ގައުމު ފާލަކަށް އަޅުވާ އުއްމީދު އާކޮށްދެއްވީ އިބޫ!

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އަމާޒަކީ، ޒަމާނީ ތައުލީމީ އީޖާދީ އުފެއްދުންތެރި ހުނަރުވެރި ޖީލެއް ބިނާކުރުން

ގައުމު ފާލަކަށް އަޅުވާ އުއްމީދު އާކޮށްދެއްވީ އިބޫ!

ރައީސް ސޯލިހުގެ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތައުލީމް އުނގެނި، އީޖާދީ އުފެއްދުންތެރި ކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުމެވެ. ސާނަވީއާއި މަތީ ސާނަވީ ތައުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ގައުމުތަކުގެ ޔުނިވާސިޓީތަކުން ކިޔެވޭނެ ފުރުސަތު ހަމަޖައްސައިދިނީ، އެ މުހިންމު މަގުސަދު ހާސިލުކުރުމުގެ ބޭނުމުގައެވެ. މިއީ މަސައްކަތް ވެސް ދަސްކޮށްދޭން ޖެހޭ ޒަމާނެކެވެ.

ރައީސް ގަބޫލުކުއްރައްވާ ގޮތުގައި ވަޑާންކުރުން ވެސް، އޮޑި ދޯނި ފަހަރު ބަނުން ވެސް، ގެދޮރު އިމާރާތް ކުރުން ވެސް، މިއިން ކޮންމެ މަސައްކަތަކީ، އިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްގީކޮށްފައިވާ މަސައްކަތެކެވެ. މިއީ، ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް، މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫނެވެ. މިއީ މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއް ވެސް ނޫނެވެ.

ހަގީގީ ތައުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތައުލީމެވެ. ސްކޫލް މަރުހަލާގެ އެންމެ މުހިންމު އެއްކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުމެވެ. އިދިކޮޅު ފަރާތްތަކާ ހިލާފަށް އެމްޑީޕީގެ އަމާޒެއް އެބަ އޮތެވެ. ހަރުދަނާ ސިޔާސަތުތަކެއް އެބަހުއްޓެވެ. ވެރިކަމަށް އައީ އުންމީދު ތަކަކާ އެކުގައެވެ. އެކަން ހާސިލްކުރުމަށް، ޑިމޮކްރެޓިކް މިނިޒާމުގެ ތެރެއިން، އެންމެން ގުޅިގެން މުޅިން އާ ޤައުމިއްޔަތެއް ބިނާ ކުރުމަށް މަސްތްކަތް ކުރެއެވެ.

ވާދަވެރިން އެ އުޅުއްވަނީ އެއް ބޭފުޅެއް އަނެއްބޭފުޅެއްގެ ފުރާނައަށް ޓަކައެވެ. އެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކު ވީދާ ކަމުން ދާއިރު ޕާޓީގައި ރައީސްކަން ބޭނުންވާމީހުން ގިނަ ކަމުންނާއި ޖަލު ގޮޅިން އަންނަ ނޯޓްގެ ސަބަބުން ބަސްހުއްޓި ހަމަ ހިމޭން ވެފައި ތިބީއެވެ.  އިދިކޮޅުން އަޗާތަޅަން ތިއްބާ ދައުރުގެ ބާކީ އޮތް ތަނުގައި ރައީސް ސޯލިހުގެ ސަރުކާރުގެ އަމާޒަކަށްވީ ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ރައްޔިތުމީހާ ހަމަ އިސްކޮޅައް ނެގުމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޒީފާގެ ފުރުޞަތުތަކެއް އުފެދޭނެ ބާވަތުގެ މަސައްކަތްތައް އިތުރުކޮށް ރައްޔިތުމީހާ ހިންދެމެލެވޭނެ މަގު ހޯދައި ދިނުމަށެވެ. ތަޢުލީމާއި މަސަތްކަތުގެ ދާއިރާ ރައީސް ސޯލިހް ވަނީ ރައްޔިތުން ހީނުކުރާ ވަރަށް ތަރައްގީ ކޮށްދެއްވާފައެވެ. ގައުމު ފާލަކަށް އަޅުވާ އުއްމީދު އާކޮށްދެއްވާފައެވެ.