އަންނި ބުނިހައި ގޮތެއް ނުހަދާ ކޮންމެ މީހަކު ހުރީ ވިކިފަ!
ކޮންމެ ސްޓަންޓަކުން ފަލަސުރުހީ ހަދައިގެން މަސްހޫރުވީ އަމިއްލަ އާރާ ބާރު ހޯދަން
ތިމާގެ ހައްގުގައި މަގުމަތިވި މީހުންނާ ދިމާލަށް މިއަދު ގޮވަނީ ގޮވާނެ އެއްޗެކެވެ. ބުނިހާ ގޮތެއް ނުހަދާ ކޮންމެ މީހަކު ހުންނަނީ ވިކިފައެވެ. ހިޔާލު ތަފާތު އެންނެނަށް ގޮވަނީ ވަގަށެވެ. އެހިގައި ހުރީ ކިތަންމެ ބޮޑު ވަގަކަސް އެކީގައި ބުނިހާ ގޮތެއް ހަދައިގެން ހުރިއްޔާ ކިލަމިަލއެއް ނެތް ޖަވާހިރެވެވެ.
އެކަމަކު ބުނަން ހެއްޔެވެ. ފެށުނީއްސުރެ އިއްޔެއާ ޖެހެންދެން އެމްޑީޕީގެ އެންމެހައި މެމްބަރުން އެހީ ތިބާގެ އަޑެވެ. ކޮންމެ ކަމެއްގައި ތިބާގެ ބަހަކީ އެންމެ ފަހުބަސް ކަމުގައި އެއުރެން ނިންމީ ފަހުން ލިބިދާނެ ގެއްލުމަކާ ދެރަޔަކާ މެދުވެސް ވިސްނާލުމެއް ނެތިއެވެ. މަގުމައްޗަށް ނުކުންނަން ހަމަ ގޮވާލާއިރަށް ލިޔާން އިން ގަލަމުގެ ދޯރިވެސް ނުޖަހައި، ފިޔާ ކޮށާން ގެންގުޅުނު ވަޅި ވެސް ދޮވެނުލައި އެއުރެން ނުކުމެ ފުލުހުން ނުލާހިކު " ލޯބިން " އެޖެހިހައި މިރުސް ދުން ތަކުން މީހާ ޖަހަރާވެ ގޮހޮރުގެ ފިތާއެކު ހޮޑަށް ލެވޭއިރު ވެސް ތިބާގެ ބަހަކާއި ނުލައި ގެދޮރަށް ނުވަދެ އަނބި ދަރީންނާއި ފިރީން ނުދެކި ގަނަތެޅުނު މީހުންގެ އަދަދު ހޮދު ތިބާޔަށް ވެސް ނޭގޭނެއެވެ.
ތެދެކެވެ. ސަމާލުކަން ހޯދަން ތިބާ ކުޅުނުހާ ޗަރުކޭސް ބަލާ އަތްޖެހީމުއެވެ. އެހެން ސިޔާސީ ބޮހުން ހަދާހެން ނުހަދާ ވާހާލެއްގައި ވީކަމަށް ދެއްކީމުއެވެ. ފައިވާން އަތަށް ނަގައިގެން މަޖީދީ މަގުގައި އެކަނި ދުވިއެވެ. ފުލުހުންގެ އުރުގައި ކޯޓަށް ދިޔައެވެ. ފަރެސް މާތޮޑާގައި ފިލާ ބޮނދާ އޮތެވެ. ޖުމްހޫރީ މައިދާނުގައި ބިމުގައި ފުލުންލައްވާ ދެންމުވީމުއެވެ. ކޮޓު ދޮރުމައްޗައް ވެއްޓި ބަކަތެޅިއެވެ. އިންޑިއާ އެންބަސީއަށް ވަދެ ފިލީމުއެވެ. މިފަދަ ކޮންމެ ސްޓަންޓަކުން ފަލަސުރުހީ ހަދައިގެން މަސްހޫރުވީ އަމިއްލަ އާރާ ބާރު ހޯދަންކަން މިއެނގެނީ އަދި ކިރިޔަތާއެވެ.
ކޮންމެ ފަހަރަކު ހިފާ ހައްޔަރު ކުރީމައި ދެން ތެޅޭހައި ތެޅުމެއް ތެޅުނީ އެއުރެންނެވެ. އާންއެކެވެ. ތިބާޔަށް ދުނިޔޭގެ ތާއީދު ލިބުނީ ތިބާގެ މޮޅުކަމަކުންނެއް ނޫނެވެ. އެކަން އެހެންވީ ތިބާގެ ހައްގުގައި އެންމެން ނުކުމެ ކުރި މަސައްކަތުންނެވެ. އެތައް ހާސް ބައެއްގެ މަންޒަރުތައް ލައިވްކޮށް ދަށްކައިގެންނެވެ. އެކަމަކު މިއަދު ތިބާ އެކަމެއް ވެސް ހަނދާނެއް ނެތެވެ. ކަލަގޮވައި ތިބާގެ ފޮޓޯގަނޑަކުން ނޫނީ އެއުރެންނަށް ފަސޭހައިން ބޮޑުކަމު ވެސް ނުދެވޭނެ ކަމުގައި ތިޔަހަރަ ގޮވާ ނަގަނީއެވެ.
ކޮއެފުޅާއެވެ. ނިކަން ވިސްނާލަ ބަލާށެވެ. ތިބާޔަށް ހޯދައިދިން ތާއީދުގެ ބޭނުންކޮށް ކަރަކަރައިގައި އިއްޒަތުގައި ތިބާ އުޅުނެއް ކަމަކު އެހެން އެކަންކޮށްދިން އެންމެން ތެޅުނީ ހާދަހާވާ ގަނައެކެވެ. ލިބުނީ ހާދަހާ އަނިޔާއެކެވެ. އެކަން ވެސް ކުޑަމިނުން މިއަދު ތިބާގެ ހަނދާނުގައި ނެތީތާއެވެ. މިއަދު ތިބާ ބުނިހައި ގޮތެއް ނުހަދާތީވެ ދިމާލަށް ތިޔަ ގޮވާ ފަތިވަރު ނިކަން ދެކިބަލާށެވެ. ފާޑުފާޑުގެ ނަންނަމުގައި ސޯސަލްމީޑިއާގައި އެކައުންޓު ހަދައިގެން ނުގޮވާކަށް އެއްޗެއް ނެތެވެ. މިއަދު ޕާޓީގެ އާއްމު މެންބަރުންނަށް ވުރެ ގޯތި މަންޖެއާއި ފައިނު ވައްޑޭ ތިބާއަށް ހަމަމާކަމު ހިނގައްޖެއެވެ. އެ މީހުންގެ ސަބަބުން ތިބާގެ މުޅިއަބުރު ކަތިލެވި މީގޮނަކުން ވެއްޓުނު ކެހެރިޔަކަށް ކުރާ ގަދަރު ވެސް މިހާރަކު ތިބާޔަކަށް އެއުރެން ނުކުރެއެވެ.
ކީއްވެކަން އަމިއްލަޔަށް ބުނަން ނޭގެންޏާ ބުނެދެމެވެ. ތިބާޔަށް ލިބިފައިއޮތީ މާކަނުލަފާ ދުލެކެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގެއެވެ. ގޮވޭ ނުގޮވޭ އެއްޗެއް އަމުދުން ނޭނގެއެވެ. އަމިއްލަޔަށް ތިމަންނަޔަކީ ރާބޯމީހެކޭ ވެސް ބުނީ އެހައްދުވަހު ނޫންހެއްޔެވެ؟ ވެރިކަމުގައި ހުރިއިރު ވެސް ގޮވީކޮހެވެ. އެންމެ ފަހުން ކޮސް ގޮވަމުން ގޮވަމުން ގޮސް ބަޔަކު ނުކުމެ ކަންފަތުގައި ހިފާ ހޫރުވާލީއެވެ. އެ ދުވަހުން ފެށިގެންވެސް އެއުރެން ހަމަ ތިބާޔަށް ޓަކައި ގުރުބާން ވުމުގައި ދެމިތިބީއެވެ. ނަމަވެސް މިއަދު ތިބާގެ ވާންޗޯކަން އެންމެނަށް އެގިއްޖެއެވެ. އަމިއްލ އެދުމާހުރެ ތިޔަހެރީ ކަރުތާފެނަށް އެރިއެވެ. މިއަދު ތިބާޔަށް އެންމެ ހޭހަންކުޅަ މީހުންނާ ދިމާލަށް ތިޔަ ގޮވަނީ ވަގަށެވެ. ލަދުހަޔާތް ކޮބައި ހެއްޔެވެ؟