ރައްޔިތުންގެ މިލްކިއްޔާތު ނޮޅާލަނީ މުއިއްޒު | ރިސޯޓްއޯނަރުންނެއް ނޫން

މުއްސަދިން ފުޑާލައިގެން ވާނެމޮޅެއް ނުއޮންނާނެ

ރައްޔިތުންގެ މިލްކިއްޔާތު ނޮޅާލަނީ މުއިއްޒު | ރިސޯޓްއޯނަރުންނެއް ނޫން

ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ހުރި އެންމެ އިސް ހާދިމު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ރައްޔިތުންގެ ހިތުގައި ރައްޔިތުންގެ ތެރެއިން ވަކިބަޔަކާމެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ކުރާ މަސައްކަތުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. . 

ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަކީ ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ މުޅި އިގުތިސޯދަށް އޭގެ ނުބައި އަސަރުކުރާނެ ކަމެކެވެ. އެތައް އާއިލާއެއްގެ އާމްދަނީއަށް އަސަރު ކުރާނެ ކަމެކެވެ. 

ރާއްޖޭގައި މުއްސަދިވެފައި ތިބި ބަޔަކު މުއްސަނދިވީ އެ މީހުންގެ ހިތްވަރާ މަސައްކަތުންނެވެ. މުއްސަދިން މުއްސަދިވީ ފަޅި ސިކުންތަކުން ނޫނެވެ. ގައުމުން ލިބޭ ހަނި ފުރުސަތުގެތެރެއިން ކުރިއެރުން ހޯދާ މުއްސަދިވުމަކީ  އެ މީހުންގެ ކުޅަދާނަކަމާއި ކެރުމުގެ ނަތިޖާއެވެ. 

އެއްވެސްތަނެއްގައި އެންމެންނަކީ މުއްސަދިންނެއް ނޫނެވެ. ފުދުންތެރި ރައްޔިތެއް ބިނާކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެކަން ނުކޮށް ހުރެ މުއްސަދިންނާ ޖެހިގަތަކަސް ފުދުއްތެރި ރައްޔިތެއް ނުއުފެއްދޭނެއެވެ. ރައްޔިތުން ޖަޒްބާތުގައި ޖައްސައިގެން ފަގީރުކަމެއް ނައްތައެއް ނުލެވޭނެއެވެ.

ކިތަންމެ ބާރަށް މުއިއްޒު ބުންޏަސް އަޑުނާހާށެވެ. އަސްލުގައި ރައްޔިތުންގެ މިލްކިއްޔާތުން ނާޖާއިޒު މަންފާ ނަގަނީ ރިސޯޓް އޯނަރުންނެއް ނޫނެވެ. ރައްޔިތުންގެ ހަޒާނާއަށް އަތްދަރާލައިގެން ގައުމު ދަވާލަނީ މުއިއްޒާއި މުއިއްޒުގެ ބައިވެރިންނެވެ. ޑޮލަރު މާރުކޮށްގެން އެ ޑޮލަރުތަކުން އަޗާތަޅާނީ ވެސް މުއިއްޒާއި މުއިއްޒުގެ ބައިވެރިންނެވެ. އާއްމު ރައްޔިތަކަށް އެކަމުން ވާނެ މޮޅެއް ރަނގަޅެއް ނުއޮންނާނެއެވެ.

އެއްވެސް ގައުމެއްގައި އެންމެންނަކީ އެއްވަރު ބައެއް ނޫނެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަނީ މުއްސަދިން ގިނަވީ ވަރަކަށެވެ. މުއްސަދިން ފުޑާލައިގރން އެއްވެސް މީހަކަށް ވާނެ މޮޅެއް ނުއޮންނާނެއެވެ  މުއިއްޒުގެ ޖީބުފުރާ ގޮށްމޮށުބާރު ގަދަ ކުރުމަށް ރައްޔިތުންނާ ރިސޯޓް އޯނަރުންނާ ޖައްސަން ނުހަދާށެފެ.