ސްޓެލްކޯ މުއައްޒަފުންގެ އިޙުޔާ ޕްރޮގްރާމް
ދީނީ ނަސޭހަތް ދެއްވީ އައްޝައިޚް ޢާޒިމް ހާލިދު
ސްޓެލްކޯގެ މުއައްޒަފުންނަކީ އެއްބައިވަންތަ އަޚުވަންތަ ބަޔަކަށް ހެދުމަށާއި މުއައްޒަފުންނަކީ އިސްލާމީ ރިވެތި އުސޫލުތައް ދަމަހައްޓާ ދީނީގޮތުން ހޭލުންތެރި ބަޔަކަށް ހެދުމަށް ސްޓެލްކޯއިން ގިނަގުނަ މަސައްކަތް އަބަދުވެސް ކުރެއެވެ.
ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަސް އިޙްޔާ ކުރުމާއި ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ދީނީ ނަސޭހަތް ދިނުމާއެކު ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ތަރާވީސް ދިނުން އޮވެއެވެ.
މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ އިސްނެންގެވުމުގެ މަތީން ސްޓެލްކޯ ހުރިހާ މުއައްޒަފުންނަށް ހާއްސަކޮށްގެން މިއަހަރުވެސް ރަމަޟާން މަސް އިހުޔާ ކުރުމުގެ ގޮތުން ސްޓެލްކޯގައި ހާއްސަ ހަފްލާއެއް ރޭގައި ބައްވައިފިއެވެ. މިހަފްލާގައި ވެސް އޮތީ މުއައްޒަފުންނަށް ދީނީ ނަށެހަތް ދިނުމާއި މުއައްޒަފުންނަށް ކުންފުނީގެ ފަރަތުންދޭ ތަރާވީސް ދިނުމެވެ.
ސްޓެލްކޯއިން ރަމަޟާން މަސް އިހުޔަކުރުމަށް ބޭއްވި ހަފްލާގައި މުއައްޒަފުންނަށް ދީނީ ނަސޭހަތް ދެއްވީ އައްޝައިޚް ޢާޒިމް ހާލިދުއެވެ. މި ހަފްލާގައި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވެސް ވާހަކަފުޅު ދެއްކެވިއެވެ.