ބޭރުގެ ހޮޓެލްޗޭނުތައް ރާއްޖެ ދޫކޮށްލަން މަޖުބޫރުކުރަނީ
ރާއްޖޭގައިކުރާ ރިސޯޓްވިޔަފާރީގެ މިލްކުވެރިއަކީ މުއިއްޒެއްނޫން
މުއިއްޒެވެ. ވީ ވައުދުތައް ބަހައްޓާށެވެ. އެއްކަމެއް ވެސް ދެން ކުރާކަށް އުޅޭނެކަމެއް ނެތެވެ. މުއިއްޒަކަށް ތިޔަކަމެއް ނުތްވެވެ. ދެން ނުވެސް ވާނެއެވެ. ވެރިކަމެއް ކުރާނެ ހުނަރެއް ގާބިލުކަމެއް މުއިއްޒުގެ ނެތެވެ.
މޮޔަ މުއިއްޒޫއެވެ. ރައްޔިތުންނަށް ހައްގު މިންވަރު ހޯދާދޭނީ މީހުންގެ ޖީބު ކަނޑައިގެނެއް ނޫނެވެ. މީހުން ކުރާ ހަލާލު މަސައްކަތަށް ލިބޭ އާމްދަނީއަށް ހަދާނެގޮތް އެގެންޖެހެނީ އެމީހަކަށެވެ. މުއިއްޒަކަށް ނޫނެވެ.
ރިސޯޓް އޯނަރުން ރިސޯޓް ހިންގަނީ ހިލެއަކުނޫނެވެ. ދައުލަތަށް ފައިސާ ދީގެންނެވެ. އޮޅިގެން ނޫޅޭށެވެ. ރިސޯޓްތައް ހިންގަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ހެދިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ރާއްޖޭގައި ރިސޯޓް ހިންގާތީއޭ ކިޔާފައި ކުއްލި ކުއްލިއަށް ގާނޫނަށް ބަދަލުގެނެސްގެން ހައްގު މިންވަރޭކިޔާ ލޫޓުވައެއް ނުލެވޭނެއެވެ. އެ ފުރުސަތެއް އެ މީހުންވެސް ނުދޭނެއެވެ.
އާމްދަނީގެ ވަކި ފަސެންޓެއްގެ ޑޮލަރ މާރުކުރަން މަޖުބޫރުކުރާހެން ހޯދާ ދަރިންގެ ބޮލުންވެސް ސަރުކާރަށް ފައިސާ ނަގަން ނުފަށާނެ ކަމެއް ނޭނގެއެވެ. ރާއްޖޭގެ ވެއްޓަށް ނޭވާލާތީއާއި ދެކަމު ހާޖަތަށް ދާތީވެސް އާމްދަނީގެ ވަކި ޕަސެންޓެއް ދައްކަން މަޖުބޫރު ކުރަންވެސް އުޅެފާނެއެވެ.
މިދާވަރުން ދަންޏާ ބަންޑާރަ ގޯތިތަކުންވެސް ހައްގު މިންވަރު ނަގަން ދެންލަހެއް ނުވާނެއެވެ. ހަލާލު ހުއްދަ މަސައްކަތެއްކޮށްގެން ހޯދާ ފައިސާ ބަހައްޓާނެ ތަނަކާއި މާރުކުރާނެ މިންވަރު މުއިއްޒު ކަނޑަޅާ ހިސާބަށް ދިޔައިމާ އެއަކަށް ހައްގު މިންވަރެކޭ ނުކިޔާނެއެވެ. ރާއްޖޭގައި ހިންގާ ކޮންމެ ވިޔަފާރިއެއްގެ މިލްކުވެރިކަން ރާއްޖެއަށް ލިބިގެނެއް ނުވެއެވެ.
މުއިއްޒުގެ ދޯހަޅި ގަބު ސިޔާސަތާހުރެ ދުނިޔޭގެ އަގުބޮޑު ހޮޓަލްޗޭނުތައް ރާއްޖެ ދޫކޮށް ދިޔުމަށް މަޖުބޫރުވުމުން އޮންނާނީ ރާކަނިމަސް ކެވިފައެވެ. މުއިއްޒުގެ މަޖުބޫރު ކުރުންތައް އެހުރީ އެ މިސްރާބަށެވެ.
މާތް ކަލާކޯއެވެ. މުއިއްޒު އިތުރަށް ހައްގު މިންވަރު ހޯދާދޭން ނޫޅެ އަވަހަށް އިސްތިއުފާ ދޭށެވެ. މުއިއްޒު އޮބި އަޅައިގެން ހޯދަން ތިޔަ އުޅެނިއްޔަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެވެ. ދައުލަތް ދަވާލަން ހޯދާ ފައިސާއެވެ. އިތުރަށް ހައްގު މިންވަރޭ ރައްޔިތުންނޭ ނުކިޔާ ވައްޓާލުމުގެ ކުރިން އަވަހަށް އިސްތިއުފާދޭށެވެ.


