ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބަލިމަޑުކަން އިތުރަށް ގޯސްވަނީ

ގައުމުގެ ހަ ޕްރޮވިންސެއްގެ 60 ހެލްތު ޒޯނަކަށް ވަނީ ފެތުރިފައި

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބަލިމަޑުކަން އިތުރަށް ގޯސްވަނީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މިދިޔަ މެއި މަހުން ފެށިގެން ފެތުރެމުންދާ އިބޯލާ ބަލީގައި މިހާތަނަށް 2,800 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލި ޖެހިފައިވާ 5945 މީހުން ވަނީ ކަށަވަރުކުރެވިފައެވެ.

މި ބަލި އެ ގައުމުގެ ހަ ޕްރޮވިންސެއްގެ 60 ހެލްތު ޒޯނަކަށް ފެތުރިފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 1327 އެވެ.  896 މީހަކަށް ހޮސްޕިޓަލުގައި އެކަހެރިކޮށްގެން ފަރުވާދެމުންދެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހާމަކުރި ގޮތުގައި 'ބަންޑިބުގްޔޯ' ވައްތަރުގެ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، ބަލިމަޑުކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ސިއްހީ ހިދުމަތްތެރިންނާއި އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށާފައެވެ.

މީގެ އިތުރުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށާއި، ސިއްހީ ޓީމުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.