88 އަހަރުގެ މާމަ އާއިއެކު އާއިލާގެ 5 މީހުން މަރާލައިފި
ޓްރިވެންޑްރަމުގައި ހިންގި މަރުގެ ހާދިސާ ހިންގީ މަރުތޭލަކުން
ކެރެލާގެ ތިރުވަނަންތަޕޫރަމްގައި އޮންނަ ވެންޖަރަމޫޑޫ ސަރަހައްދުގައި، "އަފަން" ނަމަކަށް ކިޔާ 23 އަހަރުގެ ފިރިހެނަކު، ހަތިޔާރެއްގެ ގޮތުގައި މަރުތޭލެއް ބޭނުންކޮށްގެން، އާއިލީ ފަސް މީހަކު ވަރަށް އަނިޔާވެރި ގޮތެއްގައި މަރާލައިފިއެވެ. މަރާލި މީހުންގެ ތެރޭގައި ހިމެނެނީ، ކޮއްކޮ އާއި މަންމަ އާއި މާމަ އާއި ބޮޑުބޭބެ ގެ އިތުރުން ބޮޑުދައިތައެވެ.
ޖަރީމާ ހިންގި ފަހުން، ތުހުމަތުވާ ފަރާތް ވަނީ ސީދާ ފުލުސް ސްޓޭޝަނަށް ހާޒިރުވެ، ކުށަށް އިއުތިރާފުވެފައެވެ. ފުލުހުންގެ ތަހުގީގާ ހަވާލާދީ ބުނެވޭ ގޮތުގައި، ވަރަށް ވިސްނުންތެރިކާއެކު ރޭވައިގެން ހިންގި މަރުތަކުގައި މަރުވި ފަރާތްތަކުގެ ބޯ ތަޅާ ޗިސްޗިސްކޮށްލާފައިވަނީ ދަނގަޑު މަރުތޭލަކުންނެވެ.
މަރާލާފައިވާ މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ކައިރީ ފައިސާ ނޫޓްތަކެއް ވިހުރިފައި ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގެއްލުންލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ މާމައަކީ 88 އަހަރުގެ މުސްކުޅި އަންހެނެކެވެ.


