6 ރައީސުންގެ ޒާތީ އެތައް ކަމެއް ދޮންނައަށް ފެނިލައްވާނެ: ރައީސް ސޯލިހު

6 ރައީސުންގެ ޒާތީ އެތައް ކަމެއް ދޮންނައަށް ފެނިލައްވާނެ: ރައީސް ސޯލިހު

އިބްރާހީމް ޙަލީމް (ދޮންނަ) ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅެވެއްޖެއެވެ.

އިބްރާހީމް ހަލީމަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރެއްވި ހާދިމެކވެ. ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި ހަލީމް ދައުލަތަށް ހިދުމަތް ކުރެއްވި 50 އަހަރު ތެރެއިން، 40 އަހަރަށް ވުރެ ގިނަދުވަހު، ދެމި ހުންނެވީ 2 ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 6 ރައީސުންނަށް ހިދުމަތް ކުރެއްވުމުގައި މުލީއާގޭގައެވެ.

މައިގަނޑު ގޮތެއްގައި ކުރެއްވި ކަމަކީ ސުފުރާމަތި ބެލެހެއްޓެވުން ކަމަށާއި ރައީސް ސޯލިހު މުލީއާގޭގައި އުޅުއްވި އިރުވެސް އެ ހިދުމަތުގައި ދެމި ހުންނެވިކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ކޮންމެ ދުވަހަކުހެން ދޮންނަ އާއި ބައްދަލުވެވަޑައިގަންނަވާ ކަމަށް  ރައީސް ސޯލިދާޅުވިއެވެ.

6 ރައީސުންގެ ދުވަހުގެ ޒާތީ އެތައް ކަމެއް ދޮންނައަށް ފެނިލައްވާފައި ހުންނާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅިވީ ހަލީމްއަކީ ވަރަށް ތެދުވެރިކަމާ، އަމާނާތްތެރިކަމާއެކު ހިދުމަތް ކުރެއްވި ބޭފުޅެކަމަށެވެ.

މަރުހޫމް ހަލީމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވުމަށް ރައީސް ސޯލިހު ދުއާ ދަންނަވައެވެ.