ހަތަރު ވެރިކަން ފަނިކުރި ގާނޫނީ ބޮޑުފަނި

ހަތަރު ވެރިކަން ފަނިކުރި ގާނޫނީ ބޮޑުފަނި

“ކުޅުދުއްފުށީ މަށި މާލި ޕެރޭޑުގެ ސަބަބުން މުޅި އީދު ޚަރާބުވި” ކަމަށް އާޒިމާ ބުނި ބުނުން އަޖައިބަކަށް އެއްގޮތަކަށްވެސް ވާނެކަމެއް ނެތެވެ. މީގެ ހަތް އަހަރު ކުރިން މަށިމާލެ ޕެރޭޑު އެކަމަނާއަށް ވަރަށްވެސް ފައްކަލެވެ. އޭރު އެއީ ވަރަށް މޮޅު ޕެރޭޑެކެވެ. މި ކަމަނާ އަކީ އުފެދުމުގައިވެސް ބާތިލު ވާހަކަ ދައްކަވާ ބޭފުޅެކެވެ. ސާބިތު ދަރަނީގެ މައްސަލަތަކެއް ކޯޓުގައި އޮއްވާ މުއިއްޒުގެ ބޮލަށް ޒާތެއްގެ ޗިޕެއް ޖަހައިގެން ކޯޓުތަކުގެ ފަނޑިޔާރުންނަށް ހެދިގޮތެއް ހަދައިގެން ސައްހަ ކުރި ކެނޑިޑެންސީގެ ވެރިކަމަނާފާނެވެ. 

ރައިސް މައުމޫނުން ފެށިގެން މީނާގެ ބައިވެރި ވުމާއި އެކު އުފެދުނު ކޮންމެ ސަރުކާރެއް ހަރާބު ވުމުގައި އެކަމަނާގެ ހިއްސާ ބޮޑުވާނެ ކަމަށް ބުނުމަކީ އައިބަކަށް ނުވާނެއެވެ. ރައީސް މައުމޫނު ސަރުކާރު ހަރާބުވި އިރުވެސް ގާނޫނީ ނުލަފާ ދޭންތިބި މީހުން ތެރޭ ހިމެނެއެވެ. ރައީސް ޑރ. ވަހީދުގެ ވެރިކަން ގަޑުބަޑު ވި އިރުވެސް މީނާގެ ގާނޫނީ ނުލަފާވީ އެ ސަރުކާރުގެ ހަލާކަށެވެ. ރައީސް ޔާމީނު ޖަލުގައި ހޭދަ ކުރަން ޖެހުމުގެ މައިގަނޑު ބަޔާންތަކާއި މެއިލްތަކާއި ގާނޫނީ ނުލަފާ އަކީވެސް އެ ކަމަނާގެ ހެޔޮ އެދުމެވެ. ފެބުރުއަރީ 1ގެ ކޯޓުއަމުރާއި ގުޅިގެން ރައީސް ޔާމީނުވެރިކަމުގައި ހެދުނު ގިނަ ގޯސްތަކަކީ ސީދާ އެކަމަނާގެ ގާނޫނީ ނުލަފާތަކުން ހިނގާ ދިޔަކަންކަން ކަމަށް ކިޔާއުޅެއެވެ. މުއިއްޒު ސަރުކާރުން މަގާމެއް ނުދިންކަމުގައިވިޔަސް ސެކިއުރިޓީއާއި ދެ ވަޒީރަކަށް ހޭދަ ކުރަންޖެހޭ މިންވަރަށް ހަރަދު ކޮށްގެން އާއިލީ ވަކީލަކަށް ހަދައިގެން އުޅޭ އުޅުމަކީ އިރާދަ ކުރައްވައިފި ނަމަ މި ސަރުކާރުގެވެސް ނިމުމުގެ ފެށުންކަމުގައި ވުން ގާތެވެ. 

ބައެއް މީހުންނަކީ ގާތުގައި ގެންގުޅެން އެކަށީގެންވާ ކަހަލަ މީހުންނެއް ނޫނެވެ. އެފަދަ މީހުންނަކީ ބަދު ނަސީބެވެ. ލޯބިން ބުނާނަމަ ކަމަނާއެވެ. އާދައިގެ ގޮތަކަަށްނަމަ ދައިތައެވެ. އެންމެ ފުރަތަމަ ގޭތެރެ އަތުރާތަރުތީބު ކޮށްލާށެވެ. އެންމެ މައްސަލައެއް ނަމަވެސް ކޯޓުގައި މޮޅުވެގެން މޮޅަށް ވަކާލާތު ކޮށްލައިގެން ކާމިޔާބު ކޮށްލަބައްލަވާށެވެ. ރޮއި ހޭރި ނުފޫޒުން އެކަހެރިވެލައިގެން ގާނޫނުގެ ތަރަހައިގެ ތެރެއިން މޮޅުވެލައްވާށެވެ. މިހާތަނަށް ކާމިޔާބު ކަމާއި އެކު ނިންމާލެވުނު ރަނގަޅު ފެންވަރުގެ ކޭސްތަކުގެ ޓްރެކް ރެކޯޑްތައް ރީއްޗެއް ނޫނެވެ. މީހުން ހޯބޯ ލަވައެވެ.

ތިޔައީ ގާނޫނީގޮތުން ފަޑުއްކައެވެ. އަދި ދުނިޔެވީގޮތުންވެސް އުފެދުމުގައިވެސް ބާތިލުކަން އިތުރަށް ދިރުވުމުގެ ބޭނުމެއް ނެތެވެ. ކުރުކޮށް މީހުން ކިޔާއުޅެނީ ހަތަރުވެރިކަމެއް ފަނިކުރި ގާނޫނީ ބޮޑުފަނި ކަމަށެވެ. 

ތިމާގެ ފެންވަރުން އުޅެން ދަސްކުރާށެވެ. ސަރުކާރުތަކަށް ބަލަދު އަރައިގެން އުޅޭހެން ނޫޅެ މައިތިރި ވެލާށެވެ. އިރާދަ ކުރެއްވިއްޔާ އެކުވެރިއަކުވެސް ދިގު މުއްދަތަކަށް ލިބިދާނެއެވެ. ފެންވަރާ ލައިގެން ހުވަނދުކޮޅެއް އުނގުޅާލައިގެން ކޮންމެވެސް އެންކޮޅެއް އެއްލައިފިއްޔާ ކޮރަކައްޔެއްނަމަވެސް ޖެހިދާނެއެވެ.