ފޮނުވާލާ ޗިޓަކުން އެމްޑިޕީ ލަޝްކަރު ފަހަތަކަށް ނުޖެއްސޭނެ
އެމްޑީޕީއަކީ ދިވެހިރާއްޖެއަށް އުއްމީދާއި ހެޔޮ ބަދަލު ގެނެސްދޭ، ފަހުރުވެރި ޕާޓީކަމަށާއި ފޮނުވާލާ ޗިޓަކުން، އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ ކަމަށް އެމްޑީޕީ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ޝާހިދު އެ މޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ އެމްޑީޕީގެ ގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ އެއްވެސް އަސާސެއް ނެތިކަމަށް ވިދާޅުވެއެވެ.
އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ސަރުކާރުގެ މުވައްސަސާތައް މެދުވެރިކޮށް އިދިކޮޅު ހަރަކާތްތެރިންނަށާއި ޕާޓީތަކަށާއި މީޑިއާއަށް ބިރު ދެއްކުން ސަރުކާރުން އާއްމުކަމަކަށް ހަދައިފިއެވެ.


