މުއިއްޒަކީ ވެސް އެޕްސްޓީންގެ ބައިޥެރިއަކީތަ!
ޔަހޫދީ އެޖެންޓް ޖިންސީ ޝަތާނު އެޕްސްޓީންއާއި ގާތްގުޅުމެއް ރާއްޖޭގެ ކުރީގެ ރައީސަކު ބާއްވާފައިވާ ކަމުގެ ވާހަކަތައް ތަންކޮޅެއް ކުރިން އިވުނެވެ. ގިނަ ބަޔަކު އެންމެ ފުރަތަމަވެސް އެތުހުމަތުތައް ކުރީ ކުރީ ރައީސް ނަޝީދަށެވެ. ހައިވަކަރު އޮޑި ނަންވާ އުސޫލުންނެވެ.
ލީކުވެފައިވާ އެޕްސްޓީން އެއްވެސް ފައިލަކުން ރައީސް ނަޝިދުގެ ނަމެއް އަދި ގުޅުން ހުރި ވާހަކައެއްވެސް ތިލައެއް ނުވެއެވެ. އެކަމަކު އެޕްސްޓީނާ ގުޅުމެއް އޮތްކަމަށް ވީ ކުރީގެ ރައީސް ޑރ. ވަހީދެވެ. އޭރު ތިލަވިވަރަކީ ބައްދަލު ކުރަން އުޅުނު ކަމެވެ.
އެޕްސްޓީން އާއި ޑރ. ވަހީދުގެ ގުޅުމަކީ ހީކުރި ވަރަށްވުރެ މާފުން މާގާތް ގުޅުމެއްކަން މިހާރު ލީކްވެފައިވާ އެޕްސްޓީން ފައިލުތަކުން ކަށަވަރުވެއެވެ. ޝަހުޔޫނީ ޝައިތާނު އެޕްސްޓީން އަކީ ދިވެހި އުންމަތުގެ ވަލީއުލް އަމުރުގެ މުސްތަޝާރަށް ވުމުން ލަދުން ބޯހަލާކެވެ.
އެތައް ހާސް ކުޑަކުދިން ޖިންސީ ޝިކާރައަށްހަދައިގެން އުޅުނު ޖެފްރީ އެޕްސްޓީންގެ ކްލަބް މެންބަރަކަށް ރާއްޖޭގެ އޭރުގެ ބަގަވީ ރައީސް ވުމަކީ ބިރުހުރި ކަމެކެވެ. އެޕްސްޓީންގެ ބްލެކްމޭލު މަޅީގައި ބެދުނު ވެރިއަކަށްވުރެ ބޮޑަށް ވަހީދަކީ ބައިވެރިއެއްކަން ކޮށްފައިވާ މުއާމަލާތުތަކުން ސާފެވެ.
އެޕްސްޓީން ފައިލްތަކުގައި ޑރ.ވަޙީދާއި ސިދާގުޅުން ހުރިކަން 640 ފަހަރަށްވުރެ ގިނަފަހަރު ބަޔާންވެފާ އޮތުމުން ވަހީދަކީ އެޕްސްޓީންގެ ބައިވެރިއެއް ކަމާމެދަކު ބަހުސެއްނެތެވެ.
އެޕްސްޓީން ފައިލް ތަކުން އެޕްސްޓީންނާ ގުޅުން އޮތްކަމަށް ދައްކާ ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބި އެތައް ބަޔަކު ދުނިޔޭގެ ކަންކޮޅު ތަކުގައި އެދަނީ މަގާމުން އިސްތިއުފާ ދެމުންނެވެ. ވަހީދަށް އިސްތުފާދެން ނޭގުނަސް އޭނާ މަގާމުން ވަކިނުކޮށް ބަހައްޓަނީ މުއިއްޒަކީ އެޕްސްޓީންގެ ބައިވެރިއެއް ކަމުގައި ވާތީ ހެއްޔެވެ.




