ސްޓެލްކޯގެ ކޮންމެ ސްޓޭޝަނެއްގައި ޓެކްނިކަލް ހެޑެއް

ސްޓޭޝަން މެނޭޖަރުންނަކީ ސެޓިފައިޑް މެނޭޖަރުންނަށް މިއަހަރު ހަދާނެ!

ސްޓެލްކޯގެ ކޮންމެ ސްޓޭޝަނެއްގައި ޓެކްނިކަލް ހެޑެއް

މީގެ ކުރިން ސްޓެލްކޯގައި ނެތް މަގާމެއް ކަމުގައިވާ "ޓެކްނިކަލް ހެޑް" އެއް ކޮންމެ ސްޓޭޝަނެއްގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވި ގޮތުގައި އޭނާއަކީ ކޮންމެ ސްޓޭޝަނެއްގައި ހުންނަ ޓެކްނިކަލީ ސެޓިފައިޑް ޓެކްނިކަލް ސްޕަވައިޒަރެކެވެ.

އަނެއްކޮޅުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި މަސައްކަތް ކުރާ ހުރިހާ ސްޓޭޝަން މެނޭޖަރުންނަކީ ވެސް ސެޓިފައިޑް ސްޓޭޝަން މެނޭޖަރުންނަށް މި އަހަރުތެރޭގައި ހެދުމަށް ސްޓެލްކޯއިން ވަނީ ކަނޑައަޅާފައެވެ. 

ސްޓެލްކޯއާއި ޕޮލިޓެކްނިކް ގުޅިގެން މީހުން ތަމްރީން ކުރުމަށް އެއްބަސްވެ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި މިވެވުނު އެއްބަސް ވުމުގެ ދަށުން ސްޓެލްކޯގައި މަސައްކަތްކުރާ ހުރިހާ ޓެކްނީޝަނުންނަކީ ސެޓިފައިޑް ބަޔަކަށް ވެގެން ދާނެއެވެ. ސްޓެލްކޯގައި 729 އެއްހާ ޓެކްނީޝަނުން މަސައްކަތް ކުރަމުން ގެންދެއެވެ.

މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ޓާގެޓަކީ ބޭސިކް ސެޓްފިކެޓެއް ލިބިފައިނުވާ ހުރިހާ ޓެކްނީޝަނުން މިއަހަރު ނިމުމުގެ ކުރީން ފުރިހަމަ ސެޓިފައިޑް ޓެކްނީޝަނުންނަށް ހެދުމެވެ. ޓާގެޓަށް ވާސިލު ވެވޭނެ ކަމަށާއި މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ހިންގާ ތަމްރީން ކޯސްތަކުން މުވައްޒަފުންނަކީ އިލެކްޓްރިކަލީ ސެޓިފައިޑް ބަޔަކަށް ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވެއެވެ.

ސްޓެލްކޯއާއި ޕޮލިޓެކްނިކް ގުޅިގެން މީހުން ތަމްރީން ކުރުމަށް ވީ އެއްބަސްމުގެ ދަށުން ތަމްރީނު ކުރާ މުއައްޒަފުންނަށް ރާއްޖޭގެ އެމްކިއުއޭ ގަބޫލުކުރާ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. އެއީ ސެޓްފިކެޓް ލެވަލް ތިނެއްގެ ސެޓްފިކެޓެކެވެ.