ރައީސުލްޖުމްހޫރިއްޔާގެނައިބު ކުރީގެ ރައީސް މުހައްމަދު ނަޝީދު

ބަރުލަމާނީއާއި ބޮޑު ވަޒީރު ކަމަށް ރައީސް އިބޫއަށް ނަޝީދު ފްލަރޓް ކުރުން

ރައީސުލްޖުމްހޫރިއްޔާގެނައިބު ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކާ އަދި ރަނިން މޭޓެއް ވާދަ ކުރާ އިންތިޚާބެއްގައި ގާސިމް އިބްރާހީމްގެ ރަނިން މޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ރައީސް ނަޝީދު ވާދަ ކުރައްވަފާނެ ހެއްޔެވެ؟

މިފަހަކަށް އައިސް އެމްޑީޕީ ހަމަތަކާ އުޞޫލްތަކާ ޚިލާފް ވަރަށް ގިނަ ކަންކަން ރައީސް ނަޝީދު ކުރެއްވީ މަޖިލިސް ރައީސް ކަމާއި ޕާޓީން ވެސް އެ މަނިކުފާނު ވަކިކުރޭތޯ ކަމަށް ލަފާ ކުރި މީހުން ތިއްބެވެ. އިދިކޮޅަށްވުރެ އިދިކޮޅު ވެގެން ކުރެއްވި ހުރިހާ ކަމަކަށް ވެސް ރައީސް ޞޯލިހް ރިއެކްޓެއް ނުކުރެއްވިއެވެ. ހަމަ ކެތްތެރި ކަމުގައި ހަނު ހުންނެވީއެވެ. މަޖިލިސް ރައީސް ކަމުން ރައީސް ނަޝީދު ވަކި ކުރުމަށް ސޮއި ހަމަކޮށް މެމްބަރުން އެ ކަރުދާސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ދުވަހު އޭތި ބައްލަވާ ވެސް ނުލައްވާ ސައިޑް ޓޭބަލްގައި ބޭއްވެވީ ކަމަށްވެއެވެ. އޭގެ ފަހުން އެތަކެއް މަސް ފާއިތުވީ އިރުވެސް އެޑޮކިއުމެންޓް އަދިވެސް އޮތީ އޮތްތަނުގައި ކަމަށް މުޢުތަބަރު ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން ކެތް ނުވެގެން ރައީސް ނަޝީދު ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން ފާޅުގައި އެވާހަކަ ވިދާޅުވެ ބުޅާ ގޯނިން ބޭރުވެސް ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވާ ހަށަވާދަ ކިޔަން ވެސް ފަށައިފިއެވެ. ރައީސް ނަޝީދު މަޖިލިސް ރިޔާސަތުން ބާލަން ރައީސުލްޖުމްހޫރިއްޔާއަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ދެރަބަސް ބުނަނީއެވެ. އަނެއްކޮޅުން ހިރުވާތަން ކަހާވެސް ނުލިއެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންމޭޓު ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުކުމެވަޑައިގެންނެވި ދާނެއެވެ. އެހެން ނަމަވެސް އެކަމުގެ އަޚްލާގީ މިންގަނޑަށް ބަލާއިރު އެ ހިސާބުން އެމްޑީޕީގެ ރައީސް ކަމާއި މަޖިލިސް ރައީސްކަން އެމަނިކުފާނާ ފެޔަށް ޖެހުނީއެވެ.

2013 ގައި ގާސިމްގެ ރަނިންމޭޓް ކަމުގައި ޑރ ހަސަން ސަޢީދު ނުކުންނަވާ ފުރަތަމަ ބުރުން ކާމިޔާބު ނުވި ހިސާބުން 10 އަހަރު ވީ އިރުވެސް ހަސަނުވީ  ތަނެއް އެނގޭ މީހަކު ނެތެވެ.

މިއަހަރު އެއްބުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް ގާސިމް އިބްރާހިމަށް ކާމިޔާބުވާނެ ކަމަށް ދެކެނީ ކިތައް މީހުން ކަމެއް ނޭނގެއެވެ. ކާމިޔާބު ނުވެއްޖެ ނަމަވެސް ސޭޓަށް އެއީ އާކަމަކަށް ނުވާނެއެވެ. އެއީ އަބަދުވެސް ގާސިމަށް ވާގޮތެވެ. އެހެން ނަމަވެސް ފުރަތަމަ ބުރުން ގާސިމް ވެރިކަން ނުހޯދައިފި  ނަމަ ރައީސް ނަޝީދަށް އެވަނީ ފިސާރި އާގޮތެކެވެ. ގާތް ގަނޑަކަށް 2013 ގައި ޑރ ހަސަން ސައީދަށްވީ ގޮތެވެ. 

ކުރީގެ ރައީސަކަށް ނައިބު ރައީސްކަން ވެސް ނުލިބުނީއެވެ. މަޖިލިސް ރައީސްކަމާ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްކަން ވެސް ގެއްލި އެގޮތް މިގޮތްވެ ގެއްލި ހުސްވީއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މިކަން ރައީސް ނަޝީދަށް މާބޮޑަށް ސާފު ވާނެއެވެ. ގާސިމްގެ ރަނިންމޭޓް ކަމަށް ދެއްކިގެން މިހާރު ވެސް އެ ކުރައްވާ ކަމަކީ ރައީސް ޞޯލިހަށް "ކޯޑް" އަޅަނީއެވެ. ބަރުލަމާނީއާއި ބޮޑު ވަޒީރު ކަމަށް ރައީސް އިބޫއަށް ފްލަރޓް ކުރަނީއެވެ.