ދުނިޔޭގައި ތިބި އެންމެ މުއްސަނދި ފުޓްބޯޅަކުޅުންތެރިން މިތިބީ

ފަންނީ މަންފާއިން އެންމެ ކުރީގައި އުޅެނީ ކްރިސްޓިއާނޯ ރޮނާލްޑޯ

ދުނިޔޭގައި ތިބި އެންމެ މުއްސަނދި ފުޓްބޯޅަކުޅުންތެރިން މިތިބީ

ދުނިޔޭގެ ފުޓްބޯޅަ އީދު ނިމިގެން ދިޔައިރު ފުޓްބޯޅަ ކުޅުންތެރިންގެ ވާހަކަ އެކި މީހުން އެކި ގޮތަށް ދައްކައެވެ. ހަދާފައިވާ ރެކޯޑްތަކާއި ހުންނަ ހުނަރުގެ މޮޅު ދެރަ ވާހަކައެވެ. އަޅާކިޔުމާއި ފާޑުކިޔުމާއި އަދިރި ފަރާތުގެ ވާހަކައެވެ.

ފުޓްބޯޅަ ކުޅުންތެރިންނާއި ގުޅުވައިގެ އެ މީހުންގެ މުއްސަނދިކަމުގެ ވާހަކަ ވެސް ދެކެވޭލެއް މަދެއް ނޫނެވެ. އެ ގޮތުން މިފަހަރު މި ބަލައިލަނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަދި ފުޓް ބޯޅަކުޅުންތެރިންނަށެވެ.

ފާއިގް ބޮލްކިޔާ

ރެކޯޑްތަކުން ދައްކާ ގޮތުން މިވަގުތު ހުރި ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔަކީ ފާއިގް ބޮލްކިޔާއެވެ. އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު ހުރިކަމަށް ލަފާކުރެވޭއިރު، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުން ހޯދާފައިވާ ފައިސާއެއް ނޫނެވެ. އޭނާއަކީ ބުރުނާއީގެ ޝާހީ އާއިލާގެ މެންބަރަކަށް ވާތީ އެ މުއްސަނދި ކަމަކީ ވާރުތައިން ލިބިފައިވާ މުއްސަނދިކަމެކެވެ.

ނަމަވެސް، ފުޓްބޯޅަ ކުޅުމުން ލިބޭ އާމްދަނީ އާއި، އެކި ބްރޭންޑްތަކުގެ އިޝްތިހާރުތަކުން ލިބޭ ފައިސާއަށް ބަލާއިރު، ދުނިޔޭގެ އެންމެ މުއްސަނދި ކުޅުންތެރިންނަކީ ތިރީގައިވާ ކުޅުންތެރިންނެވެ:

ކްރިސްޓިއާނޯ ރޮނާލްޑޯ:

އޭނާގެ މިލްކިއްޔާތު ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރަށް އަރައެވެ. މިހާރު ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯއަކީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓެވެ. އޭނާއަށް މި މުއްސަނދިކަން ލިބެނީ ފުޓްބޯޅަ ކޮންޓްރެކްޓްތަކުން ލިބޭ ބޮޑު މުސާރައާއި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކާއެކު ވެފައިވާ އެއްބަސްވުންތަކުންނެވެ.

ޑޭވިޑް ބެކަމް:

ފުޓްބޯޅަ ކުޅުމުން ރިޓަޔަރ ކޮށްފައިވީ ނަމަވެސް، ބެކަމްގެ މިލްކިއްޔާތުގައި 1.2 ބިލިއަން ޑޮލަރު ހުރިކަމަށް ލަފާކުރެވެއެވެ. އޭނާގެ މި މުއްސަނދިކަމުގެ އަސްލަކީ އޭނާ ކުރާ އެކި ވިޔަފާރިތަކާއި، ބައިނަލްއަޤުވާމީ ބްރޭންޑް އެމްބަސެޑަރެއްގެ ގޮތުގައި ކުރާ މަސައްކަތުގެ އިތުރުން އިންޓަ މިއާމީ ކްލަބުގެ ހިއްސާދާރަކަށް ވުމެވެ.

ލިއޮނަލް މެސީ:

އޭނާގެ މިލްކިއްޔާތު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އިންޓަ މިއާމީއަށް ކުޅެމުން އަންނަ މެސީއަކީ އެޑިޑާސް، އެޕަލް ޓީވީ އަދި ކޮނާމީ ފަދަ ބޮޑެތި ކުންފުނިތަކާއެކު ފައިދާހުރި ވިޔަފާރީގެ ގުޅުންތައް ބާއްވަމުން އަންނަ ކުޅުންތެރިއެކެވެ.

ނޭމާ އެސް އެސް ޖރ

އޭނާގެ މިލްކިއްޔާތު ގާތްގަނޑަކަށް 450 މިލިއަން ޑޮލަރަށް އަރައެވެ. ސައުދީގެ އަލް ހިލާލްއަށް ކުޅެމުން އަންނަ ނޭމާއަކީ ދަނޑުމަތީގައި ދައްކާ ކުޅުމުން ލިބޭ ބޮޑު މުސާރައިގެ އިތުރުން، އަމިއްލަ ގޮތުން ކުރާ ސްޕޮންސަރޝިޕް އެއްބަސްވުންތަކުން ބޮޑު އާމްދަނީއެއް ހޯދާ ކުޅުންތެރިއެކެވެ.

ކީލިއަން އެމްބާޕޭ

ރެއާލް މެޑްރިޑްގެ ތަރި އެމްބާޕޭގެ މިލްކިއްޔާތު ގާތްގަނޑަކަށް 250 މިލިއަން ޑޮލަރަށް އަރައެވެ. އޭނާއަކީ މިހާރުވެސް ދުނިޔޭގެ ފެންވަރުގައި އަމިއްލަ ބްރޭންޑް ވަރުގަދަ ކުރަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ.