މުއިއްޒުގެ މެގަ ޕޮރޮޖެކްޓް | ސޯލަރ ސިޓީ ގެ ހިލަންވެސް ނެތް
ތެލަށް ކުރާ ހަރަދުން 45 މިލިޔަން ޑޮލަރ އަހަރަކު ސަލާމަތް ކުރުން މުހިންމެއްނުވި
ރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް ސޯލަރ ސިޓީއެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސޯލަރ ސިޓީގެ ވާހަކަ ވިދާޅުވިތާ ދުވަސްގަނޑެއް ފަހުން ބަޔަކާ އެ މަސައްކަތް ހަވާލު ކުރިތަން ފެނުނެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ތިލަވި ކުއްލި މެގަ ޕަރޮޖެކްޓެއްގެ ގޮތުގައި 2025ގެ އެޕްރީލް މަހު ބަޔަކާ އެ މަސައްކަތް ހަވާލުކުރިއެވެ. ސޯލަރ ސިޓީ މެގަ ޕްރޮޖެކްޓްގައި ރަސްމީކޮށް ސޮއިކޮށް ބަޔަކާ ހަވާލުކުރީ މީގެ 1 އަހަރު ކުރީން 1 ޖުލައި 2025 ގައެވެ.
ކެނެޑާގެ "އެބްރަކްސަސް ޕަވަރ" އާއި އެކު ސަރުކާރުން ސޮއިކުރި ފަހުން ވެސް އަހަރަކަށްވުރެ ގިނަވެއްޖެއެވެ. 100 މެގަ ވޮޓްގެ ހަކަތަ އުފެއްދޭނެ ނިޒާމެއް ސޯލާސިޓީގައި ގާއިމު ކުރުމަށް ވަނީ އެއްބަސްވެފައެވެ. މާލެ އާއި ކައިރި ފަޅެއްގައި ތަރައްގީ ކުރަން އެއްބަސްވެ ސޮއިކޮށްފައިވާ ސޯލަރ ސިޓީގެ ހިލަން އެއްބަސްވުމަށް އަހަރުވެގެން ދިޔައިރުވެސް ނުވެއެވެ.
ޕްރޮޖެކްޓުގެ ދަށުން އުފައްދާ ހަކަތަ ސްޓެލްކޯގެ ނެޝަނަލް ގްރިޑާ ގުޅައިލާނެ ވާހަކައާއި ރާއްޖެއިން ތެލަށް ކުރާ ހަރަދުން 45 މިލިޔަން ޑޮލަރ އަހަރަކު ސަލާމަތް ކުރާނެކަމަށް ބުންޏެވެ.

އެވްރެކް މެގަ ޕްރޮޖެކްޓް: އެބްރެކްސަސް ޕަވަރ ހިންގާ ޕްރޮޖެކްޓެއް
އެގްރިމަންޓްގައި ސޮއިކުރި އިރުވެސް ހަދާނިމިފައި އޮތް މާސްޓަރ ޕްލޭނާއި ސްޓެލްކޯގެ ނެޝަނަލް ގްރިޑާ ގުޅާލުމަށް ބޭނުންވާ ރޭވުންތައް ނިމިފައި އޮތް ސޯލަރ ސިޓީ މެގަ ޕްރޮޖެކްޓް ފެނުން ތޮޅެލާތަންވެސް ނުފެނެއެވެ. އީއައިއޭ ހަދާނިމި 2025ގެ ނޮވެމްބަރ މަހު ހިއްދަދީފައިވާ ފަޅުގެތެރެއަށް ސޯލަރ މެގަ ސިޓީ ގިރި ހުސްވެ ހުދުކާފޫރަށްވެ ނިމުނީ ހެއްޔެވެ.
ކުޑަ ބަޑޮހުގެ ކުރި މަތީގައި އެއޮތް ފަޅުގައި ހަރަކާތެއް ހިނގާތީއެއް ނުފެނެއެވެ. ހަމަ ގައިމު ކުޑަވެސް ކަމެއް ހިނގާނަމަ ރައީސްގެ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން ކުރެވޭ މޮޅުކަމެއްގެ ގޮތުގައި ކުލީ ގަލަންތަކާއި ރީލޯޑް ބޮޓުން އެ ވާހަކަ ނުދައްކައެއް ނުތިބޭނެއެވެ.


