ސަރުކާރެއްކަމަކު ޖަނގިޔާ ބޭލުމުން ވާނީ ބަރަހަނާ

ސަރުކާރެއްކަމަކު ޖަނގިޔާ ބޭލުމުން ވާނީ ބަރަހަނާ

ސަރުކާރެއް ވިޔަސް ޖަނގިޔާ ބޭލީމާ ބަރަހަނާވުން ނޫންކަމެއް ނުވާނެއެވެ. ޖަގިޔާއަކީ ނިވާކޮށް ދޭން އޮންނަަ އެންމެ ފަހު ފޮތިކޮޅެވެ. ޖާގިޔާ ބޭލިއްޖެ ނަމަ ނިވާވުމުގެ ކަންފުޅެއް ނެތި އެކީ އެކައްޗަކަށް ވާނީ ބަރަހަނާއެވެ. 

ދިއްގަރު ދާއިރާގެ މެންބަރު މަޖިލިހުގެ ނައިބުރައިސް ކަމުން ބޭލުމަކީ ސަރުކާގެ ނިވައިފަތް ގަޑެއް ނެތި ބަރަހަނާވުން  ކަހަލަ ކަމަކަށް ނުވާނެއެވެ. ރާއްޖޭގެ ނިސްބަތުގައި އަހުމަދު ނާޒިމް (ނަމިރާ ނާޒިމް)އަކީ ސަމާސާ މީހެއް ނޫނެވެ.  

ރައީސް ޔާމީނުގެ ވެރިކަން ވެއްޓުމުގެ ފެށުމަކީ ނާޒިމް އެއްފަރާތްކުރުން ކަމަށް މުހައްލިލުން ބުނެއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގައި ބޮޑު ދައުރެއް ނާޒިމް ކުޅުނެވެ.

ގާސިމް އިބުރާހީމް ރައީސް ސޯލިހާއެކު ދިޔަނުދީ ހިފަހަޓާލީ ނާޒިމްގެ ހިކުމަތުން ކަމަށް ބުނެވެއެވެ. ކާނަލް ނާޒިމާއި ގާސިމްއި މުއިއްޒުގެ ފަހަތަށް ގެނައުމުގެ މޭސްތިރިއަކީ ވެސް ނާޒިމެވެ. 

ބަލަންތިބޭށެވެ. އެ ލުހެލީ މުއިއްޒު ސަރުކާރުގެ ކޮޅު އުނގުރިއެވެ. ދިޔަތައް ހަލައިފިކަމުގެ ހެކި  ދިމާލަށް އެހުރެދަނީ ފެންނަމުންނެވެ. ނާޒިމް ބޭރުވުމަކީ މުއިއްޒު ސަރުކާރު ކޮޅުމުގުލަށް އެރުމެވެ. 

އެކަމަކު ނާޒިމް ހަނދާން ކުރަންޖެހެނީ ތިމާގެ އަމަލުގެ ނަތީޖާ ތިމާދެކެން ޖެހޭނެ ކަމެވެ. ނާޒިމް ރިޔާސަތުގައި އިނދެގެން ހުތުރު ގޮތަކަށް ކުރީގެ ޕީޖީ ޝަމިމު ގެއްލުވާލި ހުތުރުގޮތް ހަނދާން ކުރާށެވެ.

ރީތި ގޮތުގައި އިސްތިއުފާ ދީފައި އޮއްވާ ސިޓީ ލިބުނުކަމަށް ނުހަދާ ފިޖީ ކަމުން ޝަމީމު ވަކިކޮށްފައި ނާޒިމަށް ވެސް މާގިނަ ދުވަހަކު ރިޔާސަތުގައި ނީދެވުނު ނޫންހެއްޔެވެ.