ހައްގުބަސް ބުނެގެން ޖަލަށްދާން ޖެހުނަސް ސާބިތުވެ ހުންނާނަން: އައްބާސް

ހައްގުބަސް ބުނެގެން ޖަލަށްދާން ޖެހުނަސް ސާބިތުވެ ހުންނާނަން: އައްބާސް

‏ނުބައި، ނުލަފާ، ދޮގުވެރި، މަކަރުވެރި، އަނިޔާވެރިއެއްގެ ކުރިމަތީގައި ރައްޔިތުންގެ ހައްގަށް ވަކާލާތުކޮށް ހައްގުބަސް ބުނަންޖެހުނު ކޮންމެ މާލަމެއްގައި ހައްގުބަސް ބުނެގެން ޖަލައް ދާންޖެހުނަސް އެކަމަށް ތައްޔާރުވެ ސާބިތުކަންމަތީ ހުރިކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރ އައްބާސް ވިދާޅުވީ ރައީސް މުއިއްޒުގެ  މި އަނިޔާވެރިކަން ހިތިގޮތަކަށް ނިމިގެންދާނީ ގައުމުގެ ހައްޤުގައި ބަޔަކު ނިކުމެ ގުރުބާނީތަކެއް ވެގެން ކަމަށެވެ.

ހައްގުބަސް ބުނުމާއި ހައްގަށް ވަކާލާތުކުރުމުގައި އެކަކުވެސް ބިރުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. 

މެންބަރު އައްބާސްއަކީ ރައީސް މުއިއްޒުގެ އަނިޔާވެރިކަމާއި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާ ދެކޮޅަށް ހައްގުބަސް ވިދާޅުވުމުގައި ދެމިހުންނަވާ މެންބަރެއްކަން ފާހަގަކޮށްލެވެއެވެ.