ބިރުދައްކާ މަޖުބޫރު ކުރުވައިގެން ނެރޭ ކޯޓު އަމުރަކަށް ތަބާވާކަށް ނުޖެހޭ: ބޮންޑާ
ފަނޑިޔާރުންނަށް ބިރުދައްކާ މަޖުބޫރު ކުރުވައިގެން ޢަދި ގާނޫނު އަސާސީ އާއި ހިލާފަށް ނެރޭ ކޯޓު އަމުރަކަށް ތަބާވުމަކީ ގާނޫނު އަސާސީއާއި ހިލާފުވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ ކުރީގެ މެންބަރ އިބްރާހީމް ރަޝީދު (ބޮންޑަ) ވިދާޅުވެއްޖެއެވެ.
އައިޝާ ޑޮކިއުމެންޓްރީ އާއި ގުޅުވައިގެން ކްރިމިނަލް ކޯޓުން ނެރުނު ކޯޓުއަމުރަކީ ފަނޑިޔާރުންނަށް ބިރުދައްކާ މަޖުބޫރު ކުރުވައިގެން ނެރުވި އަމުރެއް ކަމަށް ތުހުމަތު ކުރައްވަމުން ބޮންޑަ ވިދާޅުވީ އެ ފަދަ އަމުރެއް ތަމްފީޒު ކުރުމުގައި އެހީތެރިވެ ދިނުމަށް އެއްވެސް ފަރާތަކުން ކޯޓަށް ހާޒިރުވާން ނުޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެނަްބަރު ބޮންޑަ މިމޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ އަދަދުގެ އިސްވެރިންނާ ދެކޮޅަށް ދައުލަތުން ދައުވާކުރާ ގަޒުފްގެ މައްސަލައިގައި ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި ހިލާފަށް ކްރިރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގެ ހަބަރު އަދަދު ނޫހުގައި ޝާއިއުކުރި ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކޯޓު ހުރުމަތް ކެނޑުމުގެ ކުށުގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުން ކުށްވެރިކުރެއްވުމުގެ ގޮތުންނެވެ.
ކްރިމިނަލް ކޯޓުގެ އެ ކޯޓް އަމުރަކީ ގާނޫނު އަސާސީ އޮތްގޮތުން އެ އަމުރަކީ ތަންފީޒު ކުރެވޭނެ އަމުރެއް ނޫންކަމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް ހުސްނުއްސުއޫދު ވެސް ވިދާޅުވެއެވެ. ހުސްނުއްސުއޫދު ވިދާޅުވާ ގޮތުގައި އަމުރުގެ ސްކޯޕް ފުޅާކަމުން އެއަމުރަކީ ރައްޔިތުންނަށް ކިޔަމަންވެވޭ ގޮތަށް އޮތް އަމުރެއް ނޫނެވެ.


