މުއިއްޒަށް ބާރެއް ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް: ލޫކަސް

މުއިއްޒަށް ބާރެއް ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް: ލޫކަސް

ރައީސް މުއިއްޒަކީ ދޮގުވެރި ހީލަތްތެރިއެއް ކަމުން އިތުރަށް ރައްޔިތުން މި ސަރުކާރަށް އެއްވެސް ބާރެއް ދިނުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ޝަމްއޫނު ޖަލީލު (ލޫކަސް) ވިދާޅުވެއެވެ.

ސޯޝަލް މީޑިއާ އިންފުލިއަންޒަރ ލޫކަސް ޖަލީލު ވިދާޅުވާ ގޮތުގައި މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސްޕްރީމް ކޯޓުގައި ޕާކު ކޮށްފައި އޮންނަތާ 1 އަހަރު ވެއްޖެއެވެ. ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ދިދަޔާ މުހާތަބުކޮށް ވިދާޅުވުމަށް ފަހު ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ގޮނޑިތަކުން ނަގާ އުކާލީއެވެ.

ފަނޑިޔާރުން ވަކި ކުރަން ބަހަނާއަކަށް ފަނޑިޔާރުންނަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް އޭސީސީއަށް ވެސް ހުށަހެޅި ކަމަށާއި އެ މައްސަލަތަކަށް ވީ ގޮތެއްވެސް ނޭނގޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އަދަދު މަދުކުރުމާއި ކޯޓާ ކުޅުމަށް ޕީއެންސީން ކުރަމުން ދިޔަ ކަންތައްތަކަކީ ދެނަހުރި ކަމެއް ނޫން ކަމަށް ހަތިމު ގެނެސް ޕޯޑިއަމްގައި ހުވާ ކުރަން ވެސް އުޅުނުކަން ލޫކަސް ހަނދާންކޮށް ދެއެވެ.

ގޮނޑިގެއްލޭ މައްސައަށް އަހަރެއް ވީއިރު ސްޕްރީމް ކޯޓުން ހުކުމް ނުކުރެވިގެން އުޅެނީ ހަމަ ނުފޫޒެއް ނެތީމަތޯ ލޫކަސް ސުވާލު އުފައްދަވައެވެ.

ވަރަށް ސާބިތުކަމާއެކު ލޫކަސް ވިދާޅުވަނީ މިނިކާ ބާޒަށް ބުނާނީ ނޫނެކޭކަމަށް ލޫކަސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.