މުއިއްޒު ބަލަމުންދަނީ ވެރިކަމަށްފަހު ހަމަޖެހިލެވޭނެ ގޮތެއް ހޯދަން

ވެރިކަމުގެ އިތުރު ދައުރެއް ނުލިބޭނެކަން މުއިއްޒުވެސް ގަބޫލުކުރޭ

މުއިއްޒު ބަލަމުންދަނީ ވެރިކަމަށްފަހު ހަމަޖެހިލެވޭނެ ގޮތެއް ހޯދަން

އިއްތިފާގެކެވެ. ކެފޭއެއްގެ ތެރޭގައި ތިބި ބައެކެވެ. އޭގެން އެކަކަކީ މުއިއްޒުގެ މަޖިލިސް މެމްބަރެކެވެ. ސައިބޯން އިނދެ ދައްކަން ފެށި ވާހަކައެކެވެ. ގަބޫލު ކުރެވޭ ގޮތުން އެ މަޖިލިސް މެމްބަރުގެ ދާއިރާގެ ބައެކެވެ. ރީތިކޮން ސައިޒަށް ތިރި ކުރީއެވެ. މެމްބަރަށް އިރުއިރުކޮޅާ ފޯނެއް އަންނަކަމަށް ހެދިއެވެ. އޭނާގެ ދާއިރާގެ ރައްޔިތުން ދައްކާ ވާހަކަ ހަޖަމުކުރަން ދަތިވި ކަހަލައެވެ.

މައިގަނޑު ދެތިން ވާހަކައެކެވެ. މެމްބަރުން އިތުރު ކުރާނީ ކިހިނެތްހެއްޔެވެ. ވަޒީފާއިން ވަކިކުރާ ވާހަކައެވެ. އަދި ރައްޔިތުން ޔަހޫދީ ކުރަން ސަރުކާރުން ކުރާ ކަންކަން ނިމުމަކަށް ގެންނަން ގޮވާލުމެވެ. ރަށު ރައްޔިތުން މުއީޒާ ދުރުވާން ފެށި ވާހަކައެވެ. 

ރަށްރަށުން މީހުންވަޒީފާއިން ވަކިކުރަނީ ހަރަދު ކުޑަ ކުރަން ކަމަށް ބުނެއެވެ. ނަމަވެސް ވަޒީފާއަށް މީހުންނަގާ ވަރުން ނަގާކަން ރަށު ރައްޔިތުންނަށް އެގެއެވެ. މިވަރުން ވަޒީފާއިން ވަކިކުރި މީހުން ކައިރީ ބުނާނީ ކީކޭ ހެއްޔެވެ؟ ރަށުގައި ޕީއެންސީއަށް ވަންނަން މީހަކު ބޭނުމެއް ނުވެއެވެ. ވަޒީފާގެ ބިރަށް ތިބޭ ބަޔަކު ޕާޓީގައި ތިބީއެވެ.

“އަހަރުން ތިމާގެ މީހުންނަކަށްވެސް މިނިވަން ކަމެއް ނެތެވެ. އެމީހުންގެ އާއިލާ ކޮންމެވެސް މީހަކު ވަޒީފާގައި ކުޑަ މުސާރައަކަށް އުޅޭ ވާހަކަ އާއި ކަންބޮޑުވުން އެބައޮތް” އެ މީހުން ބުނަމުން ދިޔައެވެ. މިހާރު އެ އުޅެނީ މިރާއްޖޭގައި ބޭރު މީހުން ވަޒަންވެރި ކުރުވާށެވެ. އެ މީހުންގެ ތެރޭގައި ގިނަވާނީ ގައިރު ދީން ތަކުގެ މީހުންނެވެ.

ޔަހޫދީންނާއި ގުޅުން އޮތް މީހަކަށް ރަސްމާލެ ދިނީމާ އެތަނުގައި ދެން އުޅޭނީ ޔަހޫދީން ނެވެ. އެތަން ބަދަލުވާނީ ޔަހޫދީ ކޮމިއުނިޓީއަކަށެވެ. މި ވާހަކަތަކަށް ދޭނެ ޖަވާބެއް އަހަރުމެންގެ އަތަކު ނެތެވެ. މެމްބަރު ބުނާތީ އިވުނެވެ. ތިޔަ ހުރިހާ ވާހަކައަކަށް ތާއީދެވެ. ޖަވާބެއް ނެތެވެ. 

“މި ރާއްޖޭގައި މުއިއްޒަކަށް އިތުރު ވެރިކަމުގެ ދައުރެއް ނުލިބޭނެއެވެ.” މެމްބަރު ބުންޏެވެ. ތިޔަރަށް އެކަންޏެއް ނޫނެވެ. ހުރިހާ ރަށެއްގައިވެސް މީހުން އުޅެނީ ތިޔަބުނާ ގޮތަށެވެ. “ރައީސް މިހާރު ބަލަމުން އެދަނީ މި ވެރިކަން ނިންމާ ހަމަޖެހިލައިގެން އުޅެވޭނެ ގޮތެއް ހޯދާށެވެ. ވެރިކަމުގެ އިތުރު ދައުރެއް ނުލިބޭނެކަން ރައީސް ގަބޫލު ކުރެއެވެ.

އެހެންވެ އެންމެ ފުރަތަމަ ބެލީ ޔާމީނަށް ހުކުމެއް ކުރާށެވެ. އެކަން ކޮށްގެން ލިބޭނެ ގެއްލުން އަދި މާބޮޑުވާނެ ކަމަށް އަހަރުމެން ތެރެއިން އެތަށް ބަޔަކު ބުނެފިއެވެ. ފަހަރެއްގައި 65 އަހަރުގެ ބިލު މަޖިލިހަށް މިއަންނަ އަހަރު ވައްދާނެއެވެ. އޭރުން ރައީސް ސަލާމަތް ކުރުމުގެ ކުޑަ ފުރުސަތެއް އެބައޮތެވެ.” އެ މެމްބަރު ބުންޏެވެ. އެ ރަށުމީހާ ބުނާތީ އިވުނެވެ.

“ތިޔައިގެ ތެރެއިން އެންމެ ކަމަކުންވެސް މުއިއްޒު ސަލާމަތެއް ނުވާނެއެވެ. އެމްޑީޕީ ވެރިކަން ފަސޭހަ ކަމާއިއެކު ޔާމީނަށް ކުރިމަތި ނުލެވިއްޖެއްޔާ ނަގާނެ” އެ މެމްބަރު ތިޔައީ ތެދެކޭ ބުނެ އަދި ފަހުން ކޮފީއަކަށް ގުޅާނަމޭ ބުނެ ދިޔައީއެވެ. މުޅި ސަރުކާރާއި ދައުލަތުގެ އަމާޒަކީ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުމެވެ. އެކަމަށް މުއިއްޒު ބޭނުންވާކަން ޕީއެންސީގެ މީޑިއާ ބޮޓުންނާއި ސަރުކާރުގެ ބޮޓުން ގޮވަމުންދަނީ އެ ވާހަކަތައް ފުޅާ ދާއިރާއެއްގައި ދެކެވޭތީއެވެ.

ޝައްކެއްވެސް ނެތެވެ. ރައީސަކު ފިނޑިވާނީ މިވަރަށެވެ. ވާދަވެރިއަކާއި ވާދަކޮށްލަން ނުކެރެއެވެ. ދޮގުމައްޗަށް ހަދަނީ ދޮގެވެ. ދިވެހި މައިންބަފައިން މިއަދު ދަރީންގާތުގައި ދޮގު ނުހަދާން ބުނަން ލަދު ގަނެއެވެ. ދަރިފުޅު ބުނާތީއެވެ. “ބައްޕިގެ ރައީސަކީވެސް ބިގުކޮށް ދޮގުހަދާ މީހެއް”