ވީދި ހަސްނެތެމުންދާ އިޖުތިމާއީ ފޭރާމާއި އައްޕަތުރޭ
ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދި ކުދިކުދިވެފައި ވުމަކީ ދެބަސް ވެވެންނެތް ހަގީގަތެކެވެ. އަނެކުންނަށް އަދަބު އިހުތިރާމް ކުރުމަކީ ކާބަފައިންގެ ކިބައިން އައި އެ ދޮށީ ބޭބޭފުޅުން ކޮށްއުޅުނުކަމެކޭ ބުނާ އަޑު އެހީމޭ ބުނާހިސާބަށް އެކަން ހިމަވެގެން ގޮސްފައިވާކަމީވެސް ދެބަސް ވެވެންނެތް ހަގީގަތެކެވެ. އެހެނެއް ކަމަކު އިޖުތިމާއީ ފޭރާމުގެ ވާހަކަ ދައްކަވާއިރު މިނިސްޓަރު އިހުސާނަށް އެނގިވަޑައި ނުގަންނަވާ ކަމަކީ މިކަންކަމުގެ ޒިންމާ ނަގާނަމަ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާބޭފުޅުންގެ އިހުމާލު ބޮޑުކަމެވެ.
މިހުރިހާކަމެއް މިގޮތައް ދިއުމުގައި އެންމެ ބޮޑު ޒިންމާއެއް ނަންގަވަންޖެހެނީ ހަމަ އިހުސާން ފަދަ ސިޔާސީ ހަށިވިއްކާ ބޭފުޅުންނެވެ. މިއަދު މިނިސްޓަރ އިހުސާނަށް ކޯޓުގެ އިހުތިރާމް ކަނޑާތަނާއި މަގުމަތީގެ އަހުލާގު ނެތިގޮސް އަނެކުންނަށް އިހުތިރާމް ކުޑަކުރާތަން ތިޔަފެނިވަޑައިގަތީ މަނިކުފާނު ވެރިކަމުގެ ކޮއިލުގަ ނުފޫޒުގަދަ ސިޔާސީ މަގާމެއް ބައްލަވައި ގަނެގެން އެފަދަ މަގާމެއްގައި ހުންނެވުމުމާއި މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ވެރިކަން ކުރާ ޕާޓީ އަށާއި ދައުލަތުގެ އެންމެ އިސްވެރިޔާއާއި ވެރިކަމުގައި ތިއްބެވި އިސްފަރާތްތަކަށް ބަހުގެ ހަމަލާތައް ރައްދުވާތީ ކަމަށް ދެންނެވުމަކީ ދޮގަކަށް އަދި ކުށަކަށްވެސް ނުވާނެއެވެ.
ހަގީގަތަކީ ރައްދުވާ ބަސްތަކުން ރެކެވޭނެ މިންވަރަށް ވުރެ ސަރުކާރުތެރޭގެ ނުރަނގަޅު ކަންކަން އިތުރުވީއެވެ. ދޮގުތައް އިތުރުވީއެވެ. އައްޗި ކަންކަން އިތުރުވީއެވެ. އައްޗި ފޮޓޯތައް ފޮނުއްވަނީ ކީއްކުރަންތޯއެވެ. އެވަރަށް ރޭގަނޑު އުދަގޫ ކުރަނީ ކީއްވެގެންތޯއެވެ. މި ފޭރާން ހަލާކުވީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންގެ ފުށުންނެވެ.
ސަރުކާރުގެ އިސް މަގާމް ތަކުގައި އިއްޒަތްތެރި އެއްވެސް ބޭފުޅަކުނެތޭ ބުނުމަކީ ދޮގަކަށް ވާނެބާއެވެ. ރައްޔިތުންގެ މަޖިލިސް އިން ފަށަމާތޯއެވެ. އެންމެ ފުރަތަމަ ސުވާލަކީ ރައްޔިތުންގެ މަޖިލިސް މިއަދު ރައްޔިތުންގެ މަޖިލިހަކަށް ވޭތޯއެވެ. ނުވަތަ އެއީ ސަރުކާރުގެ މަޖިލީހަކީ ތޯއެވެ. އެންމެ ގިނައިން އިއްޒަތްތެރި މިބަހުން މުހާތަބު ކުރައްވާ އަޑު އިވެނީ އެ މަޖިލިހުގެ ތަޅުމުންނެވެ.
މަޖިލިހަށް ބަލާލާއިރު މަޖިލިހުގެ ބައެއް މެންބަރުންގެ ވީޑިއޯ ކްލިޕްތައް ޓިކްޓޮކްގައި ދަނީ މަޝްހޫރުކަމާއި މަގުބޫލުކަން ހޯދަމުން ވައިރަހެއްހެން ފެތުރެމުންނެވެ. އެއްބަޔަކު އުފަލާއި އެކު އެ ވީޑިއޯތައް ފަތުރަމުން، ހިއްސާ ކުރަމުން ދާއިރު އަނެއްބަޔަކު އެކަމާ ނުރުހުމުގެ ބަސްތައް ދަނީ އިއްވަމުންނެވެ. ނަމަވެސް އެ ވީޑިއޯ ތަކުގެ ހަގީގަތައް ބަލަނީ ކިތައް މީހުންތޯއެވެ.
ކުރި ގުރުނޑުވެފަ ހުރި ރުކެއް ކިތަންމެ ރީތި ބަގީޗާއެއްގައި އިންދާ އެއީ މާފުރިހަމަ ރުކެއް ކަމުގައި ދައްކަން އުޅުނަސް އެގުރުނޑު ކަމެއް ނުފިލާނެ ދޮގެއްތޯއެވެ. އެގޮތައް އެރުކާ ގުޅިގެން ވާހަކަ ދައްކާބަޔަކު އެވާހަކަ ދައްކާ ސަބަބަކީ ކުރި ގުރުނޑުވެފައި ހުރި ރުކެއް އެބަގީޗާގައި އިންދީމަ ނޫންތޯއެވެ. އެހެންވީމަ މިތަނުން ގޯސްވާންވީ އެރުކުގެ ގުރުނޑު ކަމުގެ ވާހަކަ ދައްކާ ބަޔަކުތޯ ނުވަތަ އެފަދަ ގުރުނޑު ރުކެއް އެބަގީޗާގައި އިންދިމީހާތޯ މިއީ ވިސްނާލާ ފައިސަލާ ކޮށްލާންޖެހޭ ކަމެއްކަމުގައި ދެކެމެވެ. މި ކަމުގައި ހަމަ އިހުސާނު ހިމެނޭހެން އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީކަމަށް ވިދާޅުވާ ބޭފުޅުން ހިމެނެވެ.
ދެން އޮތީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ވާހަކައެވެ. މިއީ ވަރަށް ގިނައިން އިވޭ އަޑެކެވެ. އެތަނެއްގައި އަދުލުއިންސާފު ނެތް ތަނެއްގައި ކޯޓުތަކާއި މެދު ރައްޔިތުންގެ އޮންނާނީ ކޮން އިތުބާރެއްތޯއެވެ. އެހެނީ ކޯޓުތަކުން ގާނޫނުގެ ބާރު ދަމަހައްޓާނެ ވާހަކަ އިއުލާނު ކުރުމުން އެކަނި ނުފުދޭތީއެވެ. ތަންފީޒު ކުރާ މަންޒަރުވެސް ގާނޫނީ ހަމަތަކުން ހަމަހަމަކަމާއި އެކު ކަންކަން ކުރާތަން ވެސް ފެނުން ލާޒިިމް ކުރާތީއެވެ. އެހެން ކަމުން ކޯޓުތަކުން އެ މަންޒަރު ނުފެންނަ ނަމަ އެ ތަނަށް ކުރާނީ ކޮން އިހުތިރާމް އެއްތޯއެވެ. ކޯޓުތަކަށް ކުރާ އިހުތިރާމް ނެތި ދިއުމާއި ހުރުމަތް ކެޑުންވެސް ގުޅިފައިވަނީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނާއެވެ.
މައުމޫން އަބުދުލް ގައްޔޫމް ގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ދައުވާ ތަކެއް އުފުލާ ގައިރު ހާޒިރުގައި ހުކުމް ތަކެއް އިއްވާ އެމަނިކުފާނުގެ ގެދޮރާއި މުދާ ދައުލަތަށް ނެގިއެވެ. ވެލާނާ ބިލްޑިންގް އަކީ އެފަދަ އެއްތަނެވެ. އެއިރު ސަރުކާރުގެ އެއްބާރުން ލިބިގެން އެތައް މަޒާހިރާ ތަކެއް ކުރިއަށް ގެންދިޔައެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް މުޒާހިރާ ކުރުމުގެ ފެށުމެވެ. މި މުޒާހިރާ ތަކުގައިވެސް ބޭނުން ކުރަމުން ދިޔަ ބަސްތަކާއި ކިޔަމުން ދިޔަ ލަވަތަކުގެ ވާހަކަ ދައްކާކަށް ނެތީމުއެވެ. މިއީ ރާއްޖޭގެ އިޖުތިމާއީ ފޭރާމުން ނިއުޅެންފެށި ފުރަތަމަ ރޮއްޖެވެ. މިއީވެސް ނުހައްގުން ކޮއްފައިވާ ސިޔާސީ ދަޢުވާތަކެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތައް ވާހަކަފުޅު ދައްކަަވާފައިވަނީވެސް ހަމަ މިރާއްޖޭގެ އިހުސާނު ފަދައިން ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވެ ދައުވާކުރާ ބޭފުޅުންނެވެ.
ދެން އައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. އެމަނިކުފާނުންގެ ވެރިކަމުގައިވެސް ގާޒީއަކު ހައްޔަރު ކުރެއްވިއެވެ. އޭގެ އިތުރުންވެސް ސިޔާސީ ބައެއް ބޭފުޅުން ހައްޔަރު ކުރެއްވުމާއި ބައެއް ބޭފުޅުންނަށް ކޯޓުތަކުން ހުކުމް ކުރިއެވެ. އެކަންތައްތަކާއި ގުޅިގެންވެސް ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބަވައިގެން މުޒާހިރާތައް ކުރެއްވިއެވެ. މަގުމަތީގެ އަދަބުތަކާއި ބަސްމަގުގެ ފެންވަރުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މި މުޒާހިރާތަކާއި އެއްވުންތައްވެސް ކުރިޔަށް ގެންދެވީ ހަމަ އިހުސާން ފަދަ އިހުސާންތެރި ކަމެއް ނެތް ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ.
މި ދެންނެވި މުޒާހިރާތައް ދިގުދެމި އެންމެފަހުން އޭރުގެ އިދިކޮޅު ފަރާތްތައް އިސްކޮށް ތިބެ މަގުމަތީގެ ހާލަތު ހަލަބޮލި ކޮށްލިއެވެ. އާއްމު ރައްޔިތުން ކުރިއަށް ނެރެ ވެރިކަމުގެ ތަނބު ކަނޑާ ވައްޓާލިއެވެ. އެ އެއްވުން ތަކުން ހުދު އިހުސާނު ވެސް ފެނިގެންދިޔައެވެ. އަސްކަރީ ޔުނީފޯމެއްގައެވެ. ނަމަވެސް މާރިވެތި އަހުލާގެއް ހިފެހެއްޓެވި އެކޭ ދަންނަވާކަށް ނުކެރޭނެއެވެ. މާ ނަޒާހަތްތެރި ބޭފުޅެކޭ ދެންނެވޭކަށްވެސް ނެތެވެ. ނަމަވެސް އެ ވައްޓާލި ވެރިކަން ވައްޓާލުމުގައި ހަމަ އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ނަޒާހަތްތެރިކަން ވަޅުލެވިފައިވާ ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުން ހިމެނެއެވެ.
ޖެހިގެން އައީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުރު ދައުރެކެވެ. ވަރަށް ހަލަ ބޮލިކޮށް ދިޔަ ދުވަސް ކޮޅެކެވެ. މުޒާހިރާ ތަކާއި އެއްވުންތައް ގިނަ ހަލަބޮލި ދުވަސްވަރެކެވެ. އެމަނިކުފާނުގެ ވެރިކަމުގައިވެސް ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ބައެއް ސިޔާސީ ބޭބޭފުޅުންގެ މައްސަލަތައް ތަހުގީގުކޮށް ކޯޓަށް މައްސަލަތައްވެއްދިއެވެ. އޭރުވެސް ހަމަ އިހުސާނު ފަދަ އެއްވެސް އަސާސެއް، ހަމައެއް، އަމިއްލަ އުސޫލެއް ނެތް ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުން ކޮޅުކޮޅަށް ދުވެ ހެދިއެވެ.
ވަހީދުގެ ކުރު މުއްދަތު ނިމުމުން ދިވެހި ވެރިކަމާއި ހަވާލުވެ ވަޑައިގަތީ ރައީސް ޔާމީން އަބުދުލް ގައްޔޫމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކޯޓުތަކުގައިވީ ބައެއް މައްސަލަތައް ނިމުނުއިރު ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެތައް ސިޔާސީ ބޭފުޅުންނަށް ކޯޓުތަކުން ހުކުމް ކުރިއެވެ. އަދި ރާއްޖޭގެ އުއްތަމަށް ފަނޑިޔާރު ހިމެނޭހެން އެތައް ފަނޑިޔާރުންނެއް ހައްޔަރުކޮއް މަގާމުން އެކަހެރިކޮށް ކޮރަޕްޝަންގެ ތުހުމަތުތައް އެބޭފުޅުންގެ މައްޗަށް އުފުލުނެވެ. މިކަންކަމާއި ގުޅިގެންވެސް މުޒާހިރާ ތައް ފެށުނެވެ. މަގުމަތި ހަލަބޮލި ކޮއްލިއެވެ. ހަމަ އިދި ކޮޅުގައި އެއިރު ތިއްބެވި ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބަވައިގެންނެވެ.
އަދަބު އަހުލާގުގެ ކަންފުޅެއްވެސް ނެތޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. ކޯޓުތްކުގެ ހުރުމަތުގެ ވާހަކަ ދައްކަންޖެހޭތޯއެވެ. އެމީހަކާ އެމީހެކެވެ. ހަމަ ގޮވުނު އެއްޗެއް ގޮވަނީއެވެ. އަތްޖައްސަވާ ސާބަސް ދެއްވަން ތިއްބެވީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ތަނަވަަސް ބަފާބެއެއްގެ ތައްޕާހުން ކައިބޮއި އުޅުނު އިހުސާނުމެން ފަދަ ބޭފުޅުންނެވެ.
ކޮންމެ އަކަސް ދެން ފެނުނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެވެރިކަމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް ޔާމީން އަބުދުލް ގައްޔޫމް އެތަކެއް ފަހަރު މަތިން ހައްޔަރުކޮށް އަދި ކޯޓުން ހުކުމްކޮށް ޖަލަށް ލިއެވެ. ޖަލަށް ލުމާއި ވިދިގެން މިހާރުވެރި ކަމުގައި ތިއްބެވި ބޭފުޅުން މިނިސްޓަރ އިހުސާނު ވެސް ހިމެނޭގޮތައް މަގުމަތީގެ މުޒާހިރާތައް ފެއްޓެވިއެވެ. ވަގު ހުކުމާއި ހަރާމް ހުކުމަށް ގޮވަމުންނެވެ. އޭރުގެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ޗޯރޭ ގޮވަމުން ވަގަށް ގޮވަމުން ގައްދާރަކަށް ހަދަމުންނެވެ. ހިލޭ އަންހނަކާއި އެކު ގޮތްގޮތަާް އުޅުނު ވާހަކަ ގޮވަމުންނެވެ.
އޭގެތެރެއިް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަ ދައްކާކަށް ނެތީމެވެ. މުޅި ޓިކްޓޮކް ފުރިފައި އެވަނީ އެމަނިކުފާނުގެ އެ ބަލާގާތްތެރި ފިލާވަޅުތަކުގެ ވީޑިއޯތަކުންނެވެ. އަހުލާގު މިބަސް ބޭނުންކުރަންވެސް ލަދުގަންނަ ދަރަޖައިގެ ކުޅަދާނަ ފަށުވި މާތް ބަސްމޮށުންތެރިކަމެވެ. އައްޕަތުރޭ އިންތަން ނޭނގިގެން ކޮންމެ ތާކަށްވެސް މިސައިލެއް އިންޑިއާއިން ފޮނުވާލަފާނެ ކަމަށް ގޮވިއެވެ. ހަމަ އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ސިޔާސީ ރަންޑިންނެކޭ ދަންނަވާކަށް ބޭނުމެއް ނުވާނެއެވެ.
ދެން ބަދަލުވެގެން މިދިޔައީ ރައީސް ޑރ. މުހައްމަދު މުއީޒުގެ ވެރިކަމެވެ. ދީނީ ބޭފުޅެކެވެ. އިރާދަކުރެއްވިއްޔާއޭ ވިދާޅު ނުވެ އެންމެ އިތުރުފުޅެއްވެސް ނުހައްދަވައެވެ. ކޮންމެ އިތުރުފުޅެއް ވެސް ހެއްދެވީ އިރާދަ ކުރައްވައިގެންނެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނެވެ. އޭރު ރައީސް ޔާމީން އަބުދުލް ގައްޔޫމް ހަރާމް ހުކުމެއްގައި ޖަލުގައި އޮތަތީ ދޫކޮށްލަން ގޮވާ ރެޔާ ދުވާލު މުޒާހިރާ ކުރައްވަމުން މާލެތެރެ ހަލަބޮލި ކުރައްވަމުން ވަޑައިގެންނެވި ބޭފުޅުންނެވެ. އިންޑިއާއަށް ރާއްޖެ އަޅުދާސްކޮށް މިނިވަންކަން ނަގާލާފައިވާތީ އިންޑިއާ އައުޓް ވިދާޅުވަމުން ވަޑައިގެންނެވި ބޭފުޅުންނެވެ.
ސަރުކާރުގެ މަގާމް ތަކަށާއި ކެބިނެޓަށް އުނގެނިގެން ތިއްބެވި ގާބިލު ބޭފުޅުން އިސްކުރައްވާނެކަމަށް ވަޢުދު ވަމުން ވަޑައިގެންނެވި ބޭފުޅުންނެވެ. މި ކަންތައްތައް ވެފައިވާ ގޮތް އަޅުގަނޑު ދަންނަވާކަށް ނެތީމުއެވެ. ނަމަވެސް ތަރުބިއްޔަތެއް ނެތް ކަން ކަށަވަރެވެ. މިއަދު ރާއްޖޭގެ ރެކޯޑް ސިޔާސީ ވޯކްފޯސް ދަމަހައްޓަމުންދާ އޭރުގެ ސަރުކާރުގެ މަތިބަރުކަމުންނާއި ސަރުކާރުގެ ފުޅާކަމުން ހަރަދުބޮޑުކަމަށް ގޮވި ގޮވެލިފަތީގެ ފަހަތުގައި ފޮރުވިފައިވާ މައްކާރު ކަމެވެ.
މިއަދުވެސް ސިއްރުވެފައިވާ ސިއްރު ކުރި އެގްރީމަންޓް ތަކުގެ ވާހަކައެވެ. އަދިވެސް ކޮޅެއް މެދެއް ނުފެނިވާ ރާއްޖޭގެ ސަރަހައްދުން ވިއްކާލިކަމަށް ބުނާ ކަނޑުގެ ބައެއްގެ ވާހަކައެވެ. އިހުނަށްވުރެ ބޮޑަށް ނިކަމެތިވެފައިވާ ކޮޅަށް ނުޖެހުނު އިގްތިސާދުގެ ވާހަކައެވެ. ސިޔާސީ ގޮތުން މިނިވަންކަން އަދިވެސް ނުލިބިވާ މިނިވަންކަން ގެއްލިފައިވާ ކޯޓުތަކާއި މިނިވަން މުވައްސަސާތަކުގެ ވާހަކައެވެ.
ހައްލު ވުމުގެ އުންމީދު މިއަދުވެސް ނެތް ސިފައިންގެ ތެރެއަށާއި ފުލުހުންގެ ތެރެއަށް ނުފޫޒު ފޯރުވި ވާހަކައެވެ. ހިފެހެއްޓުމެއް ނެތި މަތިވަމުންދާ ބިލުތަކާއި ތަކެތީގެ އަގުތަކާއި ޑޮލަރުގެ އަގުތަކުގެ އުދާސްތަކެވެ. ހައްލުވި އެއްވެސް ކަމެއް އަދި ނެތެވެ. ނިކަމެތިވަނީ ހަމަ ރައްޔިތުންނެވެ. ކޮންމެ މީހަކަށް މަހުޖަނެއްގެ ދަރިއަކާއި ކައިވެންޏެއް ނުކުރެވޭނެއެވެ. މި ކަންކަން ހިންގާ އޮޅުވާލުމުގައި ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންގެ އިހުމާލުވެއެވެ.
ދެން އޮތީ ކުޅުދުއްފުށީ މަށިމާއްޔެވެ. ކުޅުދުއްފުށީ މަށި މާލި ޕެރޭޑަކީ އަބަދުވެސް ވަރަށް ތަފާތުކޮށް ކުރިޔަށް ގެންދާ ޕެރޭޑެކެވެ. އަބަދުވެސް އެއިރެއްގައި ރައްޔިތުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ ސިޔާސީ ކަންތައްތަކާއި ގުޅުވައިގެން ނެރޭ ވަަރަށް އާދަޔާޚިލާފު ބިނާކުރުވަނިވި ޕެރޭޑެކެވެ. އެއީ ވަކި ސިޔާސީ ޕާޓީ އަކަށް ނިސްބަތްކޮށް ހިންގާ ހަރަކާތެކޭ ދަންނަވާނޭ ޖާގައެއްވެސް ނެތެވެ. އެހެނީ މަށި މާލި ޕެރޭޑް އިންތިޒާމް ކުރަން ފެށީއްސުރެން މަށިމާލި ޕެރޭޑް ގެންދަނީ އެއްވެސް ތަފާތު ކުރުމެއްނެތި އެއިރެއްގައި ރައްޔިތުންގެތެރޭގައި އެންމެ ގިނައިން ދެކެވޭ ސިޔާސީ ވާހަކަތައް ހިމަނައިގެން ގެނެސްދެމުންނެވެ.
ހަޖަމު ނުވާ ބަޔަކަށް ހަޖަމު ނުވާންވީއެވެ. ފާޑު ކިޔުމަކީ އޮތްކަމެކެވެ. އިތުރަށް ފުރިހަމަ ކުރާނީ އަނެއްކާވެސް އަނެއް އަހަރެވެ. ކަމުނުދާކަމަށް ބުނެ ބުނާ ހުރިހާ ބުނުމެއް ވާނީ ބުނުމުގެ ކުރީން ބާތިލު ބަހަކަށެވެ. މި ޕެރޭޑްތަކުގެ ހާއްސަ ކަމަކީ ބައެއް އައިޓަމްތައް ސްޕޮންސަރ ކުރަނީ ހަމަ އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނަށް ވުމެވެ.
މިހުރިހާ ކަމަކަށް ބަލާލުމުން ކޯޓުތަކުގެ ހުރުމަތް ކެނޑުމުގައިވެސް އެންމެ އިސްކޮއް މިތިއްބަވަނީ ހަމަ ސިޔާސީ ވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. މަގުމަތީގެ މުޒާހިރާ ތަކުގެ ކުރީގަ އާއި ފުރަގަހުގައިވެސް މިތިއްބަވަނީ ހަމައެ ސިޔާސީ ވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. މަގުމަތީގެ އަހުލާގް އާއި އިޖުތިމާއީ ފޭރާން ހަލާކުކޮށްލެއްވުމުގެ ފަހަތުގައިވެސް ތިއްބެވިތަން މިފެންނަނީ ހަމަ އެއްކަލަ ސިޔާސީ ވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ.
ނަމަވެސް ކުޅުދުއްފުށީ މާލިތަކުން އަދި ތަނަވަސް އާއިލާ އަންހެނަކާ ކައިވެނި ކުރީ ލޯބިން ނޫންކަމާއި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ ބޭނުމުގައި ކަމަށް ދައްކާދޭ ހުށަހެޅުމެއް ނުފެނެއެވެ. ދެން އަންނަ އަހަރު އެފަދަ ހުށަހެޅުމަކަށް އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅެއްގެ ސްޕޮންސަރެއް ލިބިއްޖެ ނަމަ އުފާ މާރކެޓުގެ ނަން ނުޖަހާ ހުށަހެޅުމެއް ފެނުން ގާތެވެ.
ސަރުކާރާއި ކުންފުނިތަކުގެ އިސް މަގާމް ތަކުގެ އިތުރުން އެހެނިހެން މަގާމް ތަކަށްވެސް ޕޯޑިއަމް ތަކުގައި އަޑުގަދަކޮށް ހިމާރުފަދަ ޖަނަވާރުން ނެރޭ ނަލަ އަޑުފުޅުން ފެލިވަޑައިގަންނަވާ، ހަޅޭއްފުޅު ލަވާ މީހުންނާއި އެއްވެސް ތަޢުލީމީ ފެންވަރެއްނެތް، ކަމަށް ގާބިލްނޫން މީހުން ވެސް އައްޔަނު މިކުރައްވަނީ ހަަމަ އެއްކަލަ ސިޔާސީވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. އަމިއްލަ މަސްލަހަތަށް ޓަކައެވެ. ހަމަ އިހުސާން ފަދަ ސިިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ.
ކަންމިހެން ހުރިއިރު ރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކެނޑުމާއި، އަދަބު އަހުލާގާއި އިހުތިރާމް ނެތުމުގެ ޒިންމާ އުފުލަންވީ ހަމަ ރައްޔިތުންތޯއެވެ. އިލްމަށްވުރެ ޖާހިލުކަމަށް މަރުހަބާ މިކިޔަނީވެސް ހަމަ ރައްޔިތުންތޯއެވެ. އަދިވެސް އަހުލާގީ މިންގަޑެއް ކަނޑައަޅާ އިސްލާހު ކުރަންވީ މުޖުތަމައު ތޯއެވެ.
މިހުރިހާ ކަމެއްގެ ޒިންމާވެސް މިއުފުލަން ޖެހެނީ ހަމަ ރައްޔިތުން ތޯއެވެ. އަމިއްލަ އައުރަ ނިވާނުކޮށް އެހެންމީހުންގެ އައުރަ ނިވާ ކުރަން ގޮވާ ބަވަންވީ ރައްޔިތުންނަށް ތޯއެވެ. ތަމްރީނު ދޭންވީ ގައުމިއްޔަތު އުގަންނައިދޭންވީ ކޮން ބަޔަކަށް ތޯއެވެ. ވަތަނީ ތަމްރީނު ދޭންވީ ރައީސުލް ޖުމްރޫރިއްޔާއަށާއި ވަޒީރުންނަށް ނޫން ތޯއެވެ. އެއަށްފަހު މުޑުދާރު އަމަލުތަކުން ޒީނަތްތެރިވެފައިވާ ރައްޔިތުންގެ މަޖިލިހަށް ނޫންތޯއެވެ. މިނިވަން ކުރަން ޖެހޭ މިނިވަން މުވައްސަސާތަކަށް ނޫންތޯއެވެ. އިސްލާހު ވާން ޖެހޭ ކަމަށް ބުނެ ފާޑު ކިޔާނަމަ ފަށަންވީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނާއި ހިސާބުންނެވެ.




