އަނބިމީހާ މައިމީހާއަށް ބަދަލުވެގަތުމުން ކަޅުދިގަކަސް ގޯސްހެދޭނެ.
އަނބިރީތީ ހެވިއްޔާއެވެ. އަނބިމީހާއަކީ މުސީބާތަކަށް ވަންޏާ ހިތްހަމަ ޖައްސާލަން އެހެނިހެން ގޮތްގޮތް ހިޔާރު ކުރާނެއެވެ. ކޮންމެ ފަހަރަކު ކުއްވެރި ވާންވީ ފިރިމީހާ އެކަންޏެއް ނޫނެވެ.
ވަރަށް ގިނަ ފަހަރު ކައިވެންޏަށް ދުވަސްކޮޅެއް ވާތަނުން އަނބި މީހާ ބަދަލު ވަނީ އަމަޔަކަށެވެ. އިންސާނީ ތަބިއްޔަތުގައި ވައު ޖެހިގެން އުޅުމަކަށް ބުއްދި ގަބޫލެއް ނުކުރާނެއެވެ. “ ކޮންތާކު، ކާކު ކައިރިން، ކީއްކުރަން، ކިހާ އިރެއް، އެއީ ކާކު، ކޮންވާހަކައެއް…” މި ސުވާލުތަކަކީ ފިރިޔަކަށް އަބަދު ޖަވާބުދޭން ފަސޭހަ ސުވާލު ތަކެއް ނޫނެވެ.
ލަވައެއް ޖަހާތަނުން “ކުއްޖަކު ރީތި ވީތަ؟”، ސެންޓު ޖަހާ އިރަށް “ކާކަށް ވަސް ދުއްވަން؟” މިއީ ކަސްތަޅު އެޅުމުގެ ކޮޅުމައްޗެވެ. ފަހަރެއްގައިވެސް އެންމެން އުޅޭ ގޮތަކީ އެއް ނޫނެވެ. އިނގިރޭސި ބަހުގައި ބުނާ “އޯވަރ ޕްރޮޓެކްޝަން” މިއީ ކައިވެނިތައް ރޫޅުމާއި ވަގު އަނބިން ހޯދަން ބައެއް ފިރިހެނުންނަށް މަޖުބޫރުވާ ކަމެކެވެ.
ޝައްކު ބަލި، މިއީ ހައްލު ކުރަން އުނދަގޫ ބައްޔެކެވެ. އަންހެން ވެރިންގެ ޒާތީ ކަންކަން ހުންނަ ފަދައިން ފިރިހެނުންގެ ވެސް ޒާތީ ކަންކަން ހުންނާނެއެވެ. ކައިވެނިން ގުޅިފައިވާ ދެމަފިރިއަކު ކަމުގައި ވިއަސް މެއެވެ. އެ އިހުތިރާމާއި ފިރިމީހާގެ ހައްގު ދަރަޖަ ނުދޭނަމަ ފިރިންވެސް ގޯސް ހަދާ ފާނެއެވެ.
ފަހަރެއްގައިވެސް ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ އާއިޝާ ޑްރާމާއާއި ގުޅުވަނީ ކީ ނޫނެވެ. ނަމަވެސް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުން ކަނޑައެޅިގެން އާއިޝާގެ ޑްރާމާއާއި އެކަހެރި ކުރަނީކީވެސް ނޫނެވެ. ފިރިއަކު ގަބޫލު ނޫން ލަދުގަންނަ ފަދަ މަންޒަރުތައް މަދުންނަމަވެސް ފެނެއެވެ.
ހިތް އުފާ ކޮށްލުމާއި ސްޓްރެސް ފްރީ ކޮށްލުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ރާއްޖޭގައި ޑިޕްރެޝަނަށް ދާ ފިރިންވެސް އުޅެއެވެ. ބައެއް މީހުން ހިތްހަމަޖައްސާލަނީ ހިލޭ އަންހެނެއްގެ ގާތުން ލިބޭ އޯގާތެރިކަމަކުންނެވެ. ލޯބިން އުނގުޅާލަދޭ ތެޔޮ ކޮޅަކުންނެވެ. ބޮލުގައި ފިރުމާލާ ފިރުމާލުމުންނެވެ. ހިނިތުންވުމާއި އެކު ބުނެލާ ވާހަކައަކުންނެވެ.
އުމުރުން ޅަ ކުދިން ދޮށީ އުމުރުގެ މީހަކަށް ވުރެ ރަގަޅަށް އަޅާލުން ގެންގުޅެނީ ކަމަށްވެސް ވެދާނެއެވެ. ދަރިއެއްގެ އުމުރަށް ވުރެ ހަގަސް ލޯބިން ކޮށްދޭ އެންމެ ކަމެއްވެސް މޫނު ހަދާފައި ކުރާ ހާސް ކަންކަމަށް ވުރެ ހަނދާނުގައި ހަރުލާނެއެވެ. ޒުވާން އުމުރުގައި ކަސްތަޅު އެޅިފައިވީވުން ބާރުވެރި މަގާމަކަށް ނުވަތަ ތަނަވަސް ކަމެއް ލިބުމުން ފުއްދާލަނީ ނޫންބާވައެވެ. ކަޅު ދިގަސް، ދޮން ކުރަސް، އިންސާނީ ތަބިއްޔަތުގައި ހިތްހަމަ ޖައްސާލުމަކީ ކޮންމެ މީހެއްގެވެސް ހުވަފެނެކެވެ.


