11 އަހަރަށް ފަހު އެޗްޕީއެލްއިން އަބްދުالله ރަޝީދު ރިޓަޔާރކޮށްފި

މެއިންޓެނަންސް އެސިސްޓެންޓެއްގެ ގޮތުގައި 11 އަހަރު ދުވަހު ޚިދުމަތް ކުރެއްވީ ހިތަދޫ ޕޯޓް (އެޗްޕީއެލް) އަށް

11 އަހަރަށް ފަހު އެޗްޕީއެލްއިން އަބްދުالله ރަޝީދު ރިޓަޔާރކޮށްފި

ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްގެ ހަޔާތުގައި އެންމެ ބޮޑު އެއްރޯލެއް އަދާކުރާ ބަޔަކީ އެކުންފުންޏެއް  ނުވަތަ އެވިޔަފާރިއެއްގެ މުވަޒިފުންނޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އހަމައެހެންމެ އެ ކުންފުންޏެއްގެ ނުވަތަ އެ ވިޔަފާރިއެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ ވެސް އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒިފުންނެވެ. ކުންފުނީގައި އެތައް ދުވަހެއް ވަންދެން ހީވާގިކަމާއެކު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންގެދާ މުވައްޒިފުން ޝަރަފުވެރިކަމާއެކު މުސްކުޅިކުރުމަކީ ކޮންމެ މުއައްޒަފަކަށްވެސް ލިބޭ ފަހުރެކެވެ. ރިޓަޔަރ ކުރާ އުމުރާ ޖެހެން ދެން އެއް ކުންފުންޏެއްގައި ހިދުމަތްކުރެވުނުކަމުގެ ހިތްހަމަ ޖެހުމަކީ ކުޑައުފަލެއް ނޫނެވެ.  ޖެހޭފަހަރުވެސް މަދެއްނޫނެވެ.

ކަންމިހެން އޮތްއިރު އިހުލާސްތެރިކަމާ އުފަލާއެކު މަސައްކަތް ކުރަމުންގެންދާ މުވައްޒިފަކު އެތަނަކުން ގެއްލިގެން ދިއުމަކީ މިދެންނެވި ކުންފުނި އަދި ވިޔަފާރިތަކަށް ހިތި އަދި ފޮނި އިހުސާސްތަކެއް ކުރުވާނެ ވަގުތު ތަކެއްކަން ޔަގީނެވެ.

ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އަށްވެސް މި ފަހަރު މިވަނީ އެމުއައްސަސާގެ އެންމެ ވަފާތެރި އެއް މުވައްޒަފަކާ އަލްވަދާއު ކިޔުމުގެ ހިތި އަދި ފޮނި ތަޖުރިބާ ކުރަންޖެހިފައެވެ.

މެއިންޓެނަންސް އެސިސްޓެންޓެއްގެ ގޮތުގައި 11 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު އަބްދުالله ރަޝީދު ވަނީ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ރިޓަޔާ ކުރައްވާފައެވެ. އަބްދުالله  ފާހަގަކުރެވެނީ އޭނާގެ ޕްރޮފެޝަނަލްކަމާއި މަސައްކަތުގެ ވާޖިބަށް ސަމާލުކަން ދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ޓީމުގެ ކްރިޓިކަލް މެމްބަރެއްގެ ގޮތުގައި އަބްދުالله  މަޝްހޫރުވެފައި ވަނީ ކިތަންމެ ބޮޑު އަދި ކުޑަ ކަމެއް ނަމަވެސް ކޮންމެ މަސައްކަތެއް ވެސް އަދާކުރަން ތައްޔާރަށް ހުރި މީހެއްގެ ގޮތުގައެވެ.

ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ހާމަކުރިގޮތުގައި އަބްދުالله  ރިޓަޔަރ ވުމުން އެ ކުންފުންޏަށް އޭނާ ކޮށްދެއްވާފައިވާ ހިދުމަތްތައް ވަރަށް ބޮޑަށް ގެއްލިގެން ދާނެއެވެ. ނަމަވެސް އަބްދުاللهގެ  މަސައްކަތުގެ ލެގަސީ އެޗްޕީއެލްގައި ދެމިއޮންނާނެއެވެ. އަދިހަމަ އެހެންމެ ރިޓަޔަރމަންޓަކީ އެމީހެއްގެ ކާމިޔާބީތައް ފާހަގަކުރާ ވަގުތެއް ކަމަށާއި،  އަބްދުالله އެޗްޕީއެލްއަށް ކެނޑިނޭޅި  ކޮއްދެވި ހިދުމަތަށް އެ ކުންފުނިން ހިފެހެއްޓުމެއްނެތި ޝުކުރު އަދާ ކުރާކަމަށެވެ. މޯލްޑިވްސް ޕޯޓް ލިމިޓެޑް  އަދި ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން އެދެނީ އަބްދުالله ރަޝީދުއަށް އުފާވެރި ފާގަތި މުސްތަގުބަލަކާއި އިތުރުކުރި އެރުމެވެ.