Maldives Real Time Facts & ނިއުސް ޑެސްކް https://heerasnews.com/rss/author/heerasnews Maldives Real Time Facts & ނިއުސް ޑެސްކް dv ކޮޕީރައިޓް: Heeras news llp (P01362021) ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 341 ސަރަޙައްދެއް https://heerasnews.com/4601 https://heerasnews.com/4601 އިންޑިއާގެ ކެރެލާއަކީ އެންމެ ގިނައިން ދިވެހިން ދާ އެއްތަނެވެ. ކޮންމެ ދުވަހަކު ކެރެލާއަށް އަރާފައިބާ މީހުންގެ އަދަދު 200އަށް ވުރެ މައްޗެވެ. ދިވެހިން ކެރެލާއިން ގޮސް އުޅެނީ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އާއި އިރުނާކުލަމް ( ކޮޗިން) އަށެވެ. އެހެން ކަމުން ކެރެލާގައި ދަތުރު ފަތުރުކޮށް އުޅުމުގައި އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތައް އެނގުމަކީ މުހިންމު ކަމެކެވެ.

ކެރެލާގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 341 ސަރަޙައްދެއް ފާހަގަކޮށްފައިވެއެވެ. އެކްސިޑެންޓްގެ ހާލަތު އެންމެ ގޯހީ ތިރުވަނަންތަޕޫރަމްގައެވެ. ކެރެލާގެ އެކި ސަރަޙައްދުތަކުގައި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެ ސްޓޭޓްގެ ރޯޑް ސޭފްޓީ އޮތޯރިޓީން ވަނީ އެންމެ ނުރައްކާތެރި ސަރަޙައްދުތައް ދެނެގަނެ އެފަދަ ހުރިހާ ތަނެއް ހިމެނޭ ރިޕޯޓެއް ސަރުކާރަށް ހުށަހަޅާފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގާ 341 "ހައި ޕްރިއޮރިޓީ ބްލެކްސްޕޮޓް" ނުވަތަ ނުރައްކާތެރި ސަރަޙައްދު ކެރެލާގައި އޮވެއެވެ. ރިޕޯޓުގައި ވާގޮތުން 2016 އާއި 2018 އާ ދެމެދު އެކަނި ވެސްް މި ސަރަޙައްދު ތަކުގައި ހިނގި އެކްސިޑެންޓްތަކުގައި 1730 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ރިޕޯޓުގައިވާ ގޮތުން، އެންމެ ގިނަ ނުރައްކާތެރި ސަރަޙައްދުތައް ހުރީ ތިރުވަނަންތަޕޫރަމްގައެވެ. އެ ޑިސްޓްރިކްޓުން ފާހަގަކުރެވުނު 65 ސަރަޙައްދެއްގައި ހިނގި އެކްސިޑެންޓްތަކުގައި 363 މީހުން މަރުވެފައިވެއެވެ. ލިސްޓުގެ އެންމެ ކުރީގައިވާ އެންމެ ނުރައްކާތެރި ދިހަ ސަރަޙައްދުގެ ތެރެއިން ހަތަރު ތަނެއް ހިމެނެނީ ވެސް ތިރުވަނަންތަޕޫރަމްގައެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ތިރުވަނަންތަޕޫރަމްގެ ކަރަމަނާގައިވާ ޕައްޕަނަމްކޯޑް ޖަންކްޝަނެވެ.

ތިން އަހަރު (2016، 2017، 2018) ތެރޭގައި އެ ސަރަޙައްދުގައި ހިނގި 102 އެކްސިޑެންޓެއްގައި 15 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ލިސްޓުގައި ހިމެނެނީ ތިރުވަނަންތަޕޫރަމްގެ ކަރަމަނާ ޖަންކްޝަން، ބަލަރާމަޕޫރަމް ކޮޑިނާޑާ ޖަންކްޝަން އަދި އީސްޓް ފޯޓް ޖަންކްޝަނެވެ.

ތިރުވަނަންތަޕޫރަމްއަށް ފަހު ދެން އެންމެ ގިނަ ނުރައްކާތެރި ސަރަޙައްދުތައް ހުރީ އިރުނާކުލަމްގައެވެ. އެ ޑިސްޓްރިކްޓުގައި އެފަދަ 58 ސަރަޙައްދެއްވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އަންގަމާލީ ޖަންކްޝަނުގައި ހިނގި އެކްސިޑެންޓެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ހިމެނޭހެން ހަތަރު މީހަކު މަރުވެފައިވެއެވެ. މިއީ އެ މީހުން ދަތުރުކުރި އޮޓޯ ރިކްޝާއެއް ބަހެއްގައި ޖެހިގެން ހިނގި ހާދިސާއެކެވެ. އަންގަމާލީ ޖަންކްޝަނުގައި ހިނގި 83 އެކްސިޑެންޓެއްގައި 12 މީހުން މަރުވެފައިވާއިރު، މުޅި ސްޓޭޓްގެ ނިސްބަތުން މިއީ 6 ވަނައަށް އެންމެ ނުރައްކާތެރި ސަރަޙައްދެވެ.

ކޮޗީއަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނަކު އެޑަޕަލީ-ޕަލަރިވައްޓޮމް މަގުގައި ހުރި ވަޅުގަނޑަކަށް ސައިކަލު އެރުމުގެ ސަބަބުން ވެއްޓި، ލޮރީއެއްގެ ދަށުވެވެސް މަރުވެފައިވެއެވެ. މި މަގުގައި އޮންނަ ޗަންގަމްޕުލާ ޖަންކްޝަނަކީ 341 ނުރައްކާތެރި ސަރަޙައްދުގެ ލިސްޓުގެ 205 ވަނައިގައި އޮތް ތަނެވެ.

އެންމެ ނުރައްކާތެރި 10 ސަރަޙައްދުގެ ތެރޭގައި ކޮއްލަމްގެ ޕަރިމާނަމް ފައްޅި ސަރަޙައްދާއި، މަލައްޕޫރަމްގެ ކުއްޓިޕޫރަމް އާއި، ޗަންދިރޫރުގެ ތުރަވޫރު ޖަންކްޝަން އަދި އަލަޕޫޅާގެ ހަރިޕާޑް ހިމެނޭއިރު ކާސަރަގޯޑަކީ އެއްވެސް ނުރައްކާތެރި "ބްލެކްސްޕޮޓް" އެއް ނެތް ހަމައެކަނި ޑިސްޓްރިކްޓް ކަން ފާހަގަ ކޮށްލެވެއެވެ. ކަންނޫރު އާއި ވަޔަނާޑް އަދި އިޑުއްކީ ޑިސްޓްރިކްޓުން ކުރެ ކޮންމެ ޑިސްޓްރިކްޓަކުން ފާހަގަކުރެވިފައިވަނީ ނުރައްކާތެރި އެންމެ ސަރަޙައްދެކެވެ. 

]]>
Mon, 21 Sep 2026 00:31:01 +0500 ނިއުސް ޑެސްކް
އިންޑިއާގައި އަނެއްކާވެސް މިސްކިތެއް ނައްތާލަނީ https://heerasnews.com/4599 https://heerasnews.com/4599 މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަން (ބީ.އެމް.ސީ) އިން މުމްބާއީގެ ޗާތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓް (ސީ.އެސް.އެމް.އައި.އޭ) ހިންގާ އިދާރާތަކަށް ނޯޓިސްއެއް ފޮނުވައި، އެއާޕޯޓާ އިންވެގެން ހުރި މިސްކިތަށް ދީފައިވާ ފެނުގެ ހިދުމަތަކީ ގަވާއިދާ ހިލާފަށް ދީފައިވާ ހިދުމަތެއް ކަމަށް ބުނެ، އެ ކަނެކްޝަން ވަގުތުން ކަނޑާލުމަށް އަންގައިފިއެވެ.

ކަމާބެހޭ އިދާރާތަކުން މި ފިޔަވަޅު އަޅާފައިވަނީ، "ގަވާއިދާ ހިލާފަށް" ބިނާކޮށްފައިވާ ދީނީ ތަން ނައްތާލުމަށް މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެމް.އާރް.ޑީ.އޭ) އިން އެއާޕޯޓްގެ އިސްވެރިންނަށް އެންގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ބީ.އެމް.ސީ އިން އެއާޕޯޓްގެ އެގްޒެކެޓިވް އިންޖިނިއަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މިސްކިތަށް ގާނޫނީ ގޮތުން ފެނުގެ ހިދުމަތް ދޫކޮށްފައިވާކަމުގެ އެއްވެސް ރެކޯޑެއް އެ އިދާރާގައި ނެތް ކަމަށެވެ.

"ވީމާ، އެއާޕޯޓްގެ ޓާމިނަލް 2 ގައި ހުރި މިސްކިތަށް ފެނުގެ ހިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއިން (ބީ.އެމް.ސީ) ދޫކޮށްފައިވާ ހުއްދައިގެ ކޮޕީއެއް ހުށަހެޅުމަށް ނުވަތަ 7 ދުވަހުގެ ތެރޭގައި ފެން ކަނޑާލުމަށް އަންގަމެވެ. މިގޮތަށް އަމަލުނުކޮށްފިނަމަ، މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (އެމް.އެމް.ސީ) ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ،" ބީ.އެމް.ސީގެ ނޯޓިސްގައި ބުނެފައިވެއެވެ.

މީގެ ކުރިން، ސެޕްޓެމްބަރު 8 ވަނަ ދުވަހު، ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) ގެ ލީޑަރު އަދި ކުރީގެ މެންބަރު ކިރިތު ސޯމައްޔާ ވަނީ މުމްބާއީ އެއާޕޯޓްގެ ޓާމިނަލް 2 ކައިރީގައި ހުރި މިސްކިތް ނައްތާލުމަށް ގޮވާލާފައެވެ. ސޯމައްޔާ ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، އެ މިސްކިތް ހިންގަމުންދަނީ އެއާޕޯޓްގެ ބައިނަލްއަގުވާމީ ޓާމިނަލްގެ ޓެކްސީ ސްޓޭންޑް ސަރަހައްދުގައި އެއްވެސް ސައްހަ ހުއްދައެއް ނެތި ކަމަށެވެ.

މިއާ ގުޅިގެން އެމް.އެމް.އާރް.ޑީ.އޭ އިން ވަނީ އެއީ ގަވާއިދާ ހިލާފު ބިނާއެއް ކަމަށް ކަނޑައަޅައި، އެއާޕޯޓް ސަރަހައްދު ތަރައްގީކުރުމުގެ ވަގުތީ ޕްލޭންގައި އާންމުކޮށް އަޅުކަން ކުރާނެ ތަނެއް ގާއިމުކުރުމަށް އެއްވެސް ޖާގައެއް ދީފައި ނުވާނެ ކަމަށް ބުނެފައެވެ.

"ހަތަރު ހަފުތާގެ ތެރޭގައި އެ ތަން ހުސްކުރުމަށް އެމް.އެމް.އާރް.ޑީ.އޭ އިން މިހާރު ވަނީ މިސްކިތަށް ނޯޓިސް ފޮނުވާފައެވެ. އެހެން ނޫންނަމަ އެ ތަން ތަޅާލެވޭނެއެވެ. ބީ.އެމް.ސީގެ ނޯޓިސްއިން ވެސް އެ ބިނާގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަން ސާފުވެއެވެ. އަދި އެ ތަން ވަގުތުން ތަޅާލުމުގެ މަސައްކަތް ފެށުމަށް އެދި މިއަދު މުމްބާއީ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާނަން،" ސޯމައްޔާ 'ދަ އިންޑިއަން އެކްސްޕްރެސް' އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެމް.އެމް.އާރް.ޑީ.އޭ އިން ނެރުނު ބަޔާނުގައި، މި މައްސަލައިގެ މުޅި ޒިންމާ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމް.އައި.އޭ.އެލް) އިން އުފުލަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެމް.އާރް.ޑީ.އޭ) އިން އިތުރަށް ފާހަގަކޮށްފައިވަނީ، އެއާޕޯޓްގެ ބިން ބޭނުންކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން އެ ސަރަހައްދަކީ ހަމައެކަނި އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ހާއްސަކުރެވިފައިވާ ބިމެއް ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ދީނީ ބިނާއެއް އެތަނުގައި ހުރުމަކީ ސަލާމަތީ ގޮތުންނާއި އިދާރީ ގޮތުން ބަލާއިރު އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެ އިދާރާއިން ދެކެއެވެ.

އެއާޕޯޓް ހިންގާ ކުންފުނި، މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމް.އައި.އޭ.އެލް) އަށް ފޮނުވި ރަސްމީ ލިޔުންތަކުގައި ބަޔާންކޮށްފައިވަނީ، މިސްކިތް ހުރި ބިމަކީ ސަރުކާރުން އެއާޕޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާ ބިމަކަށް ވާތީ، އެ ބިމުގައި ހިނގާ އެންމެހައި ގަވާއިދާ ހިލާފު ހަރަކާތްތަކެއް ހުއްޓުވުމަކީ އެ ކުންފުނީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުމްބާއީގެ ސިޔާސީ މަސްރަހުގައި ވެސް ބަހުސްތަކެއް އުފެދިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ނިންމާފައިވަނީ ދީފައިވާ މުހުލަތުގެ ތެރޭގައި އެ ބިނާ ހުސްނުކޮށްފިނަމަ، ފުލުހުންގެ އެހީތެރިކަމާއެކު އެ ތަން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ބީ.އެމް.ސީ އާއި އެމް.އެމް.އާރް.ޑީ.އޭ އިން އަންނަނީ މި މައްސަލައިގައި ގުޅިގެން ފިޔަވަޅުތައް އަޅަމުންނެވެ.

]]>
Sun, 20 Sep 2026 10:10:40 +0500 ނިއުސް ޑެސްކް
100އަށް ވުރެ ގިނަ ދިވެހިން ކޮޗިން އެއަރޕޯޓްގައި ހާލުގައިޖެހި ވާނުވާގައި https://heerasnews.com/4592 https://heerasnews.com/4592 އިއްޔެ މެންދުރުފަހު ކޮޗިނުން މާލެއަށް ދާން އޮތް  މޯލްޑިވިއަން ފްލައިޓުން ދަތުރުކުރަން ދިޔަ 150 ވަރަކަށް މީހުން ވާނުވާ ނޭގި ހާލުގައި ޖެހިއްޖެއެވެ.

މޯލްޑިވިއަން ފްލައިޓުގައި ކޮޗިނުން މާލެ ދާމީހުން ބޯޓަށް އެރުވީ އިއްޔެގެ މެންދުރު ފަހު އެކެއްޖެހި އިރުއެވެ. ފްލައިޓް ނައްޓާލަން ޝެޑިއުލްކޮށްފައި އޮތީ 2 ޖަހާއިރަށެވެ. ފްލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލައިޓް ނުފުރި ހުރިހާ ޕެސެންޖަރުން އިރުއޮއްސި ހަތެއް ޖަހަންދެންތިބީ ފްލައިޓްގައެވެ. 

6 ގަޑިއެއްއްހާއިރު ފަސިންޖަރުން ފްލައިޓުން ބާލާ ހޮޓަލަކަށް ގެންދެވުނު އިރު ރޭގަނޑު 10 ޖަހާ ބޮޑުވެއްޖެއެވެ. ހޮޓަލުގައި ޕެސިންޖަރުން ތިއްބާ ހެދުނު 6 ޖަހާއިރު ފުރޭނެ ކަމަށް ބުނެ ފަތިސް ދަންމަތިގައި ހޮޓަލުން ވަނީ ޗެކްއައުޓް ކޮށްފައެވެ. 

ފަސިންޖަރުން ހޮޓަލުން ޗެކްއައުޓް ވީއްސުރެ ތިބީ ވާނުވާގައެވެ. ބޮޑެތި އޮޕަރޭޝަންކޮށްފައި ތިބި ބަލި މީހުންނާއި ތުއްތުކުދިންނާއި އެކިވަރުގެ 150 ވަރަކަށް ފަސިއްޖަރުން އަދިވެސް ތިބީ ކައިބޮއި ހެދޭނެ ގޮތެއް ނެތިފައެވެ. ގައިންތާހިރު ވެވޭނެގޮތެއް ނެތި ފައެވެ. ފުރޭނެ އިރެއް ނޭނގި ހާލުގައިޖެހި ގޮތް ހުސްވެފައެވެ.

މޯލްޑިވިއަންގެ ފަރާތުން ފަސިންޖަރުންގެ ހާލަތަށް އެއްވެސް އަޅާލުމެއް ނުލިބޭކަމަށް ހާލުގައިޖެހިފައިވާ ދިވެއްސަކު މައުލޫމާތު ދިނެވެ.

]]>
Thu, 17 Sep 2026 10:53:38 +0500 ނިއުސް ޑެސްކް
އައިފޯނެއް ގަންނަން ކުޑަ ކުއްޖަކު ކުދިބަޔަކު ލައްވާ ކާފަ މަރާލައިފި https://heerasnews.com/4586 https://heerasnews.com/4586 އިންޑިއާގެ ކެރެލާ ސްޓޭޓްގެ އަލަޕުއްޒާގައި އޮންނަ ކަރުވައްޓާ އަވަށުގައި ހުރި ގެއެއްގެ ތެރޭގައި އުމުރުން 65 އަހަރުގެ ފިރިހެނަކު މަރާލި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން، އެ މީހާގެ 13 އަހަރުގެ ކާފަ ދަރިފުޅާއި އިތުރު ތިން ކުޑަކުދިން ހައްޔަރުކޮށްފިއެވެ.

ކޮލަމްގެ ނެދުންގޯލަމްއަށް ނިސްބަތްވާ ސިވަންކުއްޓީ ޗެއްޓިޔާރު ފެނުނީ ކުއްޔަށް އުޅޭ ގޭގެ ތެރޭގައި މަރުވެފާ އޮއްވައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ މަރު ރާވާފައިވަނީ ގްރޭޑް 8 ގައި ކިޔަވާ އަންހެން ކުއްޖެކެވެ. އެކުއްޖާ މި މަރު ރާވާފައިވާއިރު، އަމަލީ ގޮތުން އެކަމުގައި ބައިވެރިވީ އެހެން ތިން ކުދިންނެވެ.

ސިވަންކުއްޓީ އެ ގޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ ކާފަ ދަރިފުޅާ އެކުގައެވެ. އަވަށްޓެރިންނަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ އެރޭގެ ވަގުތެއްގައެވެ.

އޭނާ ފެނުނުއިރު އަތާއި ފައި އޮތީ ބެޑްޝީޓާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ފުރަގަހަށް ބަނދެފައެވެ. ފުލުހުން ލަފާކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. ހަށިގަނޑު ކައިރިއަށް މިރުސް ކުނޑި ބުރުވާފައި ހުރިއިރު، ނިދާކޮޓަރީގެ އަލމާރީ ހުރީ ހަލާކުކޮށްލާފައެވެ. އަދި އެތަނުން ރަނާއި ފައިސާ ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލައިގެ ތަހުގީގު ފުރަތަމަ އަމާޒުކުރީ ފޭރުމުގެ އަމަލަކަށް ވިޔަސް، ފަހުން ފުލުހުން ވަނީ އާއިލާގެ ތެރެއިން ހެކި ހޯދަން ފަށާފައެވެ. މި މައްސަލައިގައި ކުރިއެރުމެއް ލިބުނީ ފޯން ރެކޯޑްތައް ބެލުމުގެ ތެރެއިންނެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި، މަރާލުމަށްފަހު އެ ތިން ކުދިން ވަނީ މަރާލި މަންޒަރު ފޯނުން އެ އަންހެން ކުއްޖާއަށް ދައްކާފައެވެ. ފުރަތަމަ ތަހުގީގުން އެނގޭ ގޮތުގައި މިކަން ކުރީ އަންހެން ކުއްޖާއަށް އައިފޯނެއް އަދި އަނެއް ކުދިންނަށް ސައިކަލު ގަތުމަށް ފައިސާ ހޯދުމަށެވެ.

މީގެ އިތުރުން، އަންހެން ކުއްޖާ ގިނަގިނައިން ފޯނު ބޭނުންކުރުމާއި ލަހުން ގެއަށް އަންނާތީ ސިވަންކުއްޓީ އަބަދު އެއްޗެހި ކިޔާތީ، އޭނާއާ މެދު އެ ކުއްޖާގެ ހިތުގައި ނުރުހުން އުފެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ މި ތިން ކުދިންނާ ރައްޓެހިވީ ކޮލަމްގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށާއި، މި މަރު ހިންގީ އެކުދިން ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގިއިރު ސިވަންކުއްޓީގެ އަންހެނުން އޮތީ ދަރިއަކު ވިހައިގެން ހޮސްޕިޓަލުގައެވެ. އަދި އޭނާގެ އަނެއް ދަރިފުޅު ހުރީ ގައުމުން ބޭރުގައެވެ. އެ ދެ ދަރިންނަށްޓަކައި އެ ގޭގެ ކައިރީގައި ދެ ގެއެއް އިމާރާތް ކުރަމުން ދިޔައެވެ.

ސިވަންކުއްޓީގެ ހަށިގަނޑު މިހާރު އޮތީ ހަރިޕާދު ތާލުކް ހޮސްޕިޓަލުގައެވެ. ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ފުލުހުންގެ ސާޖަންގެ ބެލުމުގެ ދަށުން އަލަޕުއްޒާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ކުރިއަށްދާނެއެވެ.

]]>
Tue, 15 Sep 2026 10:38:59 +0500 ނިއުސް ޑެސްކް
ގާނޫނާ ހިލާފަށް އެއްވުމެއް ބާއްވައިގެން 200 މީހަކު ތަހުގީގަށް https://heerasnews.com/4584 https://heerasnews.com/4584 ހުއްދަ ހޯދުމެއްނެތި ސައިދާޕެޓްގައި މިދިޔަ ހޮނިހިރު ދުވަހު (12 ސެޕްޓެމްބަރު) މުޒާހަރާކުރި މައްސަލައިގައި، ޑީ.އެމް.ކޭގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އޭ ރާޖާ އާއި، ކުރީގެ ވަޒީރުން ކަމަށްވާ މާ ސުބްރަމާނިއަމް އަދި ޕީ.ކޭ ސޭކަރުބާބޫގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އާރް.އެސް ބާރަތީ އާއި މޭޔަރު އާރް ޕްރިޔާ ހިމެނޭހެން އެ ޕާޓީގެ އިސް 200 އަށްވުރެ ގިނަ މެންބަރުންގެ މައްޗަށް އާދީއްތަ ދުވަހު (13 ސެޕްޓެމްބަރު) ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ ބާރަތިޔާ ނިޔާޔާ ސަންހިތާގެ 189 ވަނަ މާއްދާގެ ދަށުން، ގާނޫނާ ހިލާފަށް އެއްވުން ބޭއްވުމުގެ ކުށުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޑީ.އެމް.ކޭ އިން މުޅި ސްޓޭޓްގައި މުޒާހަރާކޮށްފައިވަނީ، އެސެމްބްލީގައި ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭ، ޕާޓީގެ ރައީސް އެމް.ކޭ ސްޓާލިން އަދި ކުރީގެ ޗީފް މިނިސްޓަރު އެމް ކަރުނާނިދީއަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.

މި މުޒާހަރާގެ ތެރޭގައި ޑީ.އެމް.ކޭގެ ބައެއް އިސްވެރިން ވަނީ ޗީފް މިނިސްޓަރު ވިޖޭއަށާއި އޭނާގެ ވަޒީރުންނަށް އަމާޒުކޮށް ޒާތީގޮތުން ފާޑުކިޔައި ބަހުގެ ހަމަލާތައް ދީފައެވެ.

                    

]]>
Mon, 14 Sep 2026 13:05:11 +0500 ނިއުސް ޑެސްކް
ހޮޓަލެއްގައި ފިރިހެނަކު އޭނާގެ ލޯބިވެރިޔާ މަރާލައިފި https://heerasnews.com/4583 https://heerasnews.com/4583 އިންޑިއާގެ އައްސާމް ސްޓޭޓްގެ ކާމްރޫޕް ޑިސްޓްރިކްޓްގެ ރަންގިއާ ރޭލު ސްޓޭޝަން ކައިރީގައި ހުރި ހޮޓަލެއްގެ ތެރޭގައި، ކަރުގައި ނުރައްކާތެރި ޒަޚަމްތަކެއް ހުރި އަންހެނަކު މަރުވެފައި އޮއްވާ އާދީއްތަ ދުވަހު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހޮޓަލުގެ ކޮޓަރި ބުކްކޮށް، އަންހެންމީހާގެ ހަށިގަނޑާއެކު އެ ކޮޓަރި ތެރޭގައި ހުރި ފިރިހެނަކު، މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އޮފިސަރަކު ޕީ.ޓީ.އައި ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވެއެވެ.

މަރުވި އަންހެންމީހާގެ އައިޑީ ކާޑުން އެނގުނު ގޮތުގައި، އެއީ ސޮނިތުޕޫރު ޑިސްޓްރިކްޓްގެ އަސުރްމާރިގާއޯން އަވަށަށް ނިސްބަތްވާ މާލިނީ ގުރިއާއެވެ.

ހޮޓަލުގެ ވެރިފަރާތް ކަމަށްވާ ދުރުބަޖޯތީ ސަލޯއީ ބުނި ގޮތުގައި، ހައްޔަރުކުރި އަބީޖިތު ކިންޑޯ ހޮނިހިރު ދުވަހުގެ ހަވީރު އެ ހޮޓަލުން ދެ ކޮޓަރި ބުކްކުރިއެވެ. އޭނާ ބުނެފައިވަނީ އެއް ކޮޓަރީގައި އޭނާގެ ތިން ރަހުމަތްތެރިން މަޑުކުރާނެ ކަމަށާއި، އަނެއް ކޮޓަރީގައި އޭނާ ހުންނާނެ ކަމަށެވެ.

އާދީއްތަ ދުވަހުގެ ހެނދުނު، އެއް ކޮޓަރީގައި ތިބި ދެ އަންހެނުން އެތަނުން ދާން ތައްޔާރުވިއިރު، އެމީހުންގެ ރަހުމަތްތެރިޔާ އޮތް ކޮޓަރިން ޖަވާބެއް ނުލިބޭ ކަމަށް ހޮޓަލުގެ މުވައްޒަފުންނަށް އެންގިއެވެ. އެ ކޮޓަރީގައި ހުރި ފިރިހެންމީހާ ވާހަކަ ދެއްކި ނަމަވެސް، އަންހެންމީހާ ފޯނަށް ޖަވާބު ނުދޭކަމަށް އެމީހުން ބުންޏެވެ.

ހޮޓަލުގެ ވެރިފަރާތުން އެ ކޮޓަރީގެ ދޮރުގައި ޓަކިޖެހުމުންވެސް، އެތެރޭގައި ހުރި މީހާ ދޮރު ހުޅުވަން ދެކޮޅު ހެދުމުން، އޭނާ ވަގުތުން ފުލުހުންނަށް އެކަން އެންގިއެވެ.

ފުލުހުންގެ ޓީމެއް އެތަނަށް ގޮސް، މަޖުބޫރުކޮށްގެން ދޮރު ހުޅުވިއިރު، އެނދުމަތީގައި ލެއިން ތަތްތެލިވެފައި އޮތް އަންހެންމީހާގެ ހަށިގަނޑު ފެނުނެވެ. އޭނާގެ ކަރުގައި ފުން ޒަޚަމްތަކެއް ހުރި ކަމަށް ފުލުހުންގެ އޮފިސަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮޓަރީގެ ސީލިން ފަންކާގައި ފޮތިގަނޑެއް އެލުވާފައި އޮތްއިރު، ތުހުމަތުކުރެވޭ ފިރިހެންމީހާ ކަތުރަކާއި އިސްކުރުއަނބުރާ ކަށިގަނޑެއް ހިފައިގެން އެނދުމަތީގައި އިށީނދެގެން އިންކަމަށް ފުލުހުންގެ އޮފިސަރު ވިދާޅުވިއެވެ.

ރަންގިއާ ޕޮލިސް ސްޓޭޝަންގެ އޮފިސަރު އިންޗާޖް މިންޓޫ ބާރޯ ވިދާޅުވި ގޮތުގައި، ހައްޔަރުކުރި މީހާ ވަނީ ފުލުހުންގެ ތަހުގީގުގައި އެ ކުށަށް އިއުތިރާފުވެފައެވެ.

ފުލުހުންގެ ފުރަތަމަ ތަހުގީގުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ލޯބީގެ ގުޅުމަކާ ގުޅިގެން އުފެދުނު މައްސަލައެއްގެ ތެރެއިންނެވެ.

އޮފިސަރު އިތުރަށް ވިދާޅުވި ގޮތުގައި، އެތާ ތިބި އަންހެނުންނަކީ ޗެންނާއީގެ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ ބައެކެވެ.            

]]>
Mon, 14 Sep 2026 00:19:12 +0500 ނިއުސް ޑެސްކް
ސިލްސިލާކޮށް ބުޅާ މަރާ މީހަކު ހައްޔަރުކޮށްފި https://heerasnews.com/4581 https://heerasnews.com/4581 މަހާރާޝްތްރާގެ ޗެމްބޫރުގެ ޕަންޖްރަޕޯލް ސަރަހައްދުގައި ގިނަ އަދަދެއްގެ ބުޅާތަކެއް މަރަމުންދިޔަ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އާރު.ސީ.އެފް ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޝިވާ ނަމަކަށް ކިޔާ، ގެދޮރެއް ނެތް މީހެކެވެ. އޭނާއަކީ ޗެމްބޫރުގެ ޕަންޖްރަޕޯލް ސަރަހައްދުގައި އާންމުކޮށް އުޅޭ މީހެކެވެ.

ފުލުހުން ޝިވާ ހައްޔަރުކުރީ ކަމަވާޑީ، ޕަންޖްރަޕޯލް އަދި ޝާނީ މަންދިރު ސަރަހައްދުތަކުގެ ސީ.ސީ.ޓީ.ވީ ފުޓޭޖްތައް ބެލުމަށްފަހުގައެވެ. ސުވާލުކުރުމުން، ހަ ބުޅަލަށްވުރެ ގިނަ ބުޅާ މަރާފައިވާނެކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޯގަސްޓް މަހުގެ މެދެއްހާ ހިސާބުން ފެށިގެން އެ ސަރަހައްދުން މަދުވެގެން 20 ބުޅާ މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ކުރާ ބަޔަކު ހޯދުމަށް މައުލޫމާތު ދޭ ފަރާތަކަށް 50,000 ރުޕީސްގެ ފައިސާގެ އިނާމެއް ދޭނެކަމަށް ޕެޓާ އިންޑިއާއިން ކުރިން އޮތީ އިއުލާންކޮށްފައެވެ.

ދާދި ފަހުން، އެ ސަރަހައްދުގައި ބުޅަލަށް ކާންދޭ މީހެއް ކަމަށްވާ ރުބީނާ ޕަތާންއަށް ވަނީ އެއް ރެއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ހަ ބުޅަލެއް ފެނިފައެވެ.

އާރު.ސީ.އެފް ފުލުހުން  މިހާރު ވަނީ ބީ.އެން.އެސް ގެ 325 ވަނަ މާއްދާގެ ދަށުންނާއި، ޖަނަވާރުންނަށް ކުރާ އަނިޔާ ހުއްޓުވުމާބެހޭ ގާނޫނުގެ ދަށުން މި މައްސަލަ ރަސްމީކޮށް ރިޕޯޓުކޮށް ތަހުގީގު ފަށާފައެވެ.

ރަހުމުކުޑަ މި އަމަލު ހިންގަން މެދުވެރިވި ސަބަބާއި، ޝިވާގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.                

]]>
Sun, 13 Sep 2026 10:59:55 +0500 ނިއުސް ޑެސްކް
ބައްޕަ މަރާލުމުގައި ދަރިފުޅު ބައިވެރިވާކަމަށް ތުހުމަތު ކުރެވެނީ https://heerasnews.com/4578 https://heerasnews.com/4578 ބޭސްފަރުވާގެ ސާމާނު ވިއްކާ ވިޔަފާރިވެރިއެއް ކަމަށްވާ ވިނީތު މަނޯޗާ ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ އަމިއްލަ ގޭގައެވެ. ވަޅިން ހަމަލާދީ އޭނާ މަރާލިތާ ފަސް ދުވަސް ފަހުން، މި މަރުގެ ރޭވުން އެނގެނީ ކޮން ބަޔަކަށްތޯ ބެލުމަށް ކުރެވޭ ތަހުގީގުގެ މިސްރާބު އޭނާގެ ދަރިފުޅު ސުބްރަތު މަނޯޗާއަށް އަމާޒުވެއްޖެއެވެ.

މައްސަލައިގެ ތަހުގީގުގައި ފުލުހުން އެންމެ ބޮޑަށް ތުހުމަތުކުރަނީ ސުބްރަތުގެ އަންހެނުން ޝާލޫ މަނޯޗާއަށެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މަރު ރޭވުމުގައި ޝާލޫ ބައިވެރިވެފައިވާ އިރު، އޭނާ ވަނީ ވިޝާލް ގޯތަމް އަދި ރާޖް ކިޝޯރު ނަމަކަށް ކިޔާ ދެ މީހަކަށް ފައިސާ ދީގެން މި ޖަރީމާ ހިންގުވާފައެވެ.

ނަމަވެސް ޝާލޫގެ އާއިލާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. ޝާލޫގެ ބޭބެ ދީރަޖް އަރޯރާ އަދި ދައްތަ ސޯނިއާ މެހެރޯތުރާ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، ޝާލޫ އެފަދަ ކަމެއް ރާވާފާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަރޯރާ ބުނި ގޮތުގައި ޝާލޫއަކީ ވިނީތުއާ ވަރަށް ގާތް ގުޅުމެއް އޮންނަ، އޭނާގެ ކެއުމާއި ދިރިއުޅުމުގެ ކަންކަން ބަލަހައްޓައިދޭ މީހެކެވެ. އަދި މި ހާދިސާއާ ގުޅިގެން ސުބްރަތު ހަނުހުންނަ ސަބަބާ މެދު އޭނާ ސުވާލު އުފެއްދިއެވެ.

ފުލުހުން މިހާރު ބަލަމުންދަނީ މި ރޭވުމުގެ މައުލޫމާތު ސުބްރަތަށް އެނގޭތޯއެވެ. ކޮމިޝަނަރު އޮފް ޕޮލިސް ރަގުބީރު ލާލް ވިދާޅުވި ގޮތުގައި ސުބްރަތު އަދި ހައްޔަރުކޮށްފައި ނުވި ނަމަވެސް، އޭނާގެ ފޯނު ކޯލް ރެކޯޑުތަކާއި އެހެނިހެން މައުލޫމާތުތައް ދަނީ ދިރާސާކުރަމުންނެވެ. އަދި ތަހުގީގުން އޭނާގެ ބައިވެރިވުމެއް އޮތްކަން ހާމަވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ހޯދަން މަސައްކަތްކުރާ އެއް ކަމަކީ، ފިރިމީހާއަށް ނޭނގި ޝާލޫ ވިޝާލްއާ މުއާމަލާތްކޮށް މި މަރު ރޭވީ ކިހިނެއްތޯއެވެ. ފުލުހުން ބުނާ ގޮތުގައި ޝާލޫ ވަނީ ސުބްރަތުއާ އެކު ޕާޓީއަކަށް ދިއުމުގެ ކުރިން، ވިޝާލް އާއި ރާޖް އެޕާޓްމަންޓަށް ވައްދައި އޭނާގެ ނިދާކޮޓަރީގައި ފޮރުވާފައެވެ.

މި ދެމަފިރިން ރޭގަނޑު 10:30 ހާއިރު ގެއިން ނުކުމެ، އެނބުރި ގެއަށް އައީ ފަތިހު 3:00 ހާއިރުއެވެ. ވިނީތުގެ ހަށިގަނޑު ފެނުނީ އެމީހުން ގެއަށް އައި ވަގުތުއެވެ. ފުލުހުން މިހާރު ދަނީ އެ ރޭ ބޭއްވި ހަފުލާގައި ޝާލޫ ނަށަނިކޮށް ފެންނަ ވީޑިއޯތަކަކީ އެ ރޭގެ ވީޑިއޯތަކެއްތޯ ކަށަވަރުކުރަމުންނެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޝާލޫ އާއި ވިޝާލްގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން މުއާމަލާތްތަކެއް ހިނގާފައިވެއެވެ. މީގެ ތިން މަސް ކުރިން ފެށިގެން ޝާލޫ ވިޝާލްއާ ވާހަކަދައްކަން ފަށާފައިވާ އިރު، އޭނާގެ ސިފައަށް ތައުރީފުކޮށް ގާތް ގުޅުމެއް އުފައްދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި ޝާލޫ ވަނީ ވިޝާލްގެ ވިސްނުމާ ކުޅެ، އޭނާ ލައްވައި މި މަރު ހިންގުވުމަށް މަގުފަހިކޮށްފައެވެ.

މި މައްސަލައިގައި ޑިޖިޓަލް ހެކިތަކަކީ ވަރަށް މުހިންމު ބައެކެވެ. މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަރު ހިނގި ދުވަހާ ހަމައަށް މި ދެމީހުންގެ މެދުގައި ބަދަލުކުރެވުނު 49 މެސެޖެއް ފޮހެލާފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި 309 ފޯނު ކޯލު ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ވާޓްސްއަޕް ޗެޓްތައް ފޮހެލާފައިވީ ނަމަވެސް، ކޯލް ރެކޯޑުތައް ފުލުހުން ވަނީ ހޯދާފައެވެ.

ޝާލޫގެ ވަކީލު ޝިވަކާންތު ޑިކްސިޓް ފުލުހުންގެ ވާހަކަތަކަށް އިންކާރު ކުރަމުން ބުނީ، އެ ރޭ ޝާލޫ ދިޔައީ ބޭސް ވިޔަފާރީގެ ދާއިރާގެ މީހުން ބޭއްވި އާދައިގެ ބައްދަލުވުމަކަށް ކަމަށާއި، އެއީ ފުލުހުން ބުނާ ފަދަ "ހައި ސޮސައިޓީ" ޕާޓީއެއް ނޫން ކަމަށެވެ.

އުމުރުން 60 އަހަރުގެ ވިނީތު މަނޯޗާ މަރާލާފައި އޮއްވާ ފެނުނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ. ފުލުހުން އަދިވެސް ދަނީ މި މައްސަލައިގައި ޝާލޫ އާއި އެހެން މީހުންގެ ބައިވެރިވުން އޮތް މިންވަރު ތަހުގީގު ކުރަމުންނެވެ. 

]]>
Fri, 11 Sep 2026 18:09:08 +0500 ނިއުސް ޑެސްކް
ސިންކް ހޯލްގެ ނުރައްކާ ދަނޑުވެރިކަމަށް https://heerasnews.com/4576 https://heerasnews.com/4576 ތުރުކީގެ މެދުތެރޭ ސަރަހައްދުގައި 730 އަށްވުރެ ގިނަ "ސިންކްހޯލް" ނުވަތަ ބިންގަނޑު އަޑިއަށްގޮސް ހެދޭ ވަޅުގަނޑުތައް ހެދިފަި އެބަހުއްޓެވެ. އަދި މިފަދަ ވަޅުގަނޑުތައް އުފެދޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ދަނޑުވެރިންގެ އާމްދަނީއަށާއި ގައުމުގެ ކާނާގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ބިންގަނޑު ކުއްލިއަކަށް އަޑިއަށް ގޮސް ބޮޑެތި ވަޅުގަނޑުތައް އުފެދެނީ، ތުރުކީގެ ދަނޑުވެރިކަމުގެ މައި ހަބް ކަމަށްވާ ކޮންޔާ ޕްރޮވިންސަށް ކުރިމަތިވެފައިވާ ހަނަފަސްކަމާއި، އިންތިޒާމެއްނެތި ބިމުން ފެން ނެގުމުގެ ސަބަބުންނެވެ.

މި ސަރަހައްދުގައި އެންމެ އިސްކަމެއް ދީގެން ހައްދަނީ ތުރުކީގެ ހަކުރު އުފެއްދުމަށް ބޭނުންކުރާ، ގިނަ އަދަދަކަށް ފެން ބޭނުންވާ "ޝުގަރ ބީޓް" އެވެ. މި ތަކެތި ހެއްދުމަށްޓަކައި ދަނޑުވެރިންނަށް މަޖުބޫރުވެފައިވަނީ ހުއްދަ އޮތަސް ހުއްދަ ނެތަސް ވަޅުތަކުން ބިމުގެ އަޑީގެ ފެން ބޭނުންކުރުމަށެވެ.

ގިނަ އަހަރުތަކަކަށް ދެމިގެންގޮސްފައިވާ ހަނަފަސްކަމުގެ ސަބަބުން ބިމުގެ އަޑީގައި ހުންނަ ފެން އާނުވާތީ، މިހާރު ދަނޑުވެރިކަން ކުރަމުންދާ ގޮތަކީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. ބިމުގެ އަޑިން ފެން ނެގުމުގެ ސަބަބުން ގުދުރަތީ ނިޒާމަށް ބުރޫއަރާނެ ކަމަށް މާހިރުން އިންޒާރު ދެމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

މިފަދަ ވަޅުގަނޑުތައް އިތުރުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ނަސީބަކުން މިހާތަނަށް މީގެ ސަބަބުން އެއްވެސް މީހަކު މަރުވެފައި ނުވިނަމަވެސް، މިއީ އެ ސަރަހައްދުގެ ފެނާއި ދަނޑުވެރިކަން ސަލާމަތްކުރުމަށް އޮތް ވަގުތު ކުޑަތަންވަމުންދާކަމުގެ ނިޝާނެކެވެ.      

]]>
Fri, 11 Sep 2026 01:12:04 +0500 ނިއުސް ޑެސްކް
އަނބިމީހާގެ ބޯކަނޑާލާ ފުރިޖުކޮށްފާ އޮއްވާ ފެނުމުން ފިރިމީހާ ހަވާލުވެއްޖެ https://heerasnews.com/4574 https://heerasnews.com/4574 އިންޑިއާގެ އަވަށެއްކަމުގައިވާ ގުވަހާޓީގައި އުމުރުން 25 އަހަރުގެ ރިޔާ ތާލުކްދާރު އޭނާ ދިރިއުޅޭ އެޕާޓްމަންޓް ތެރޭގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

އިންޑިއާގައި ހިނގާ މަރުގެ ބައެއް ހާދިސާތަކުގެ ފަހަތުގައި ކައިވެނީގެ މައްސަލަތަކާއި، އަމިއްލަ ދެބަސްވުންތަކުގެ އިތުރުން ގުޅުންތަކާ ގުޅޭ ތުހުމަތުތައް ހިމެނެއެވެ.

އެން.ސީ.އާރު.ބީގެ "ކްރައިމް އިން އިންޑިއާ 2024" ރިޕޯޓުގައި ވާގޮތުން، އެ ގައުމުގައި 27,049 މަރުގެ ހާދިސާ ރިކޯޑުކުރެވިފައިވާއިރު، އޭގެ ތެރެއިން ގިނަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ދެބަސްވުންތަކެވެ. މީގެ އިތުރުން، ލޯބީގެ މައްސަލަތަކާއި ނަހަމަ ގުޅުންތަކަކީ ވެސް މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ މާހައުލެއްގެ ތެރެއިން، ގުވަހާޓީގައި އަންހެނަކު އޭނާގެ ގޭތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އޭނާގެ ފިރިމީހާ ފަހުން ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސްފައެވެ.

އެޕާޓްމަންޓް ތެރޭގައި ހިނގީ ކޮން ކަމެއް؟ އަދި ތަހުގީގު ކުރާ ފަރާތްތަކަށް ފެނުނީ ކޮން އެއްޗެއް؟

ހާދިސާ ހިނގާފައިވަނީ އާސާމްގެ ގުވަހާޓީގެ ބަސިސްތަޕޫރުގައެވެ. އުމުރުން 25 އަހަރުގެ ރިޔާ ތާލުކްދާރު ގޮސްވާމީ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ފިރިމީހާ ރާމަނޫޖަން ގޮސްވާމީ އާއި އެކު ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ތެރެއިންނެވެ.

ފުލުހުން ބުނާ ގޮތުގައި، އެ ދެމަފިރިން ކައިވެނީގެ ގޮތުން ގުޅުނުތާ މިހާރު ގާތްގަނޑަކަށް ހަ މަސް ދުވަސް ވެދާނެއެވެ.

މި މައްސަލަ ފެންމަތިވީ އެޕާޓްމަންޓުން ނުބައި ވަސް ދުވާތީ އަވަށްޓެރިންނަށް ފާހަގަކުރެވިގެންނެވެ. އަދި ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި އެ ދެމަފިރިން ފެނިފައިނުވާ ކަމަށާއި، އެމީހުންގެ ފޯނުތައް ވެސް އޮތީ ނިއްވާލާފައި ކަމަށް އަވަށްޓެރިން ފުލުހުންނަށް ކިޔައިދީފައިވެއެވެ.

ސެޕްޓެމްބަރު 6 ވީ އާދިއްތަ ދުވަހު ފުލުހުން އެޕާޓްމަންޓަށް ގޮސް، ތަޅު ހަލާކުކޮށްލައިގެން އެތެރެއަށް ވަނެވެ.

އެތެރެއަށް ވަތްއިރު، ރިޔާގެ ހަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ކުނިވާން ފަށާފައެވެ. ތަހުގީގު ކުރާ ފަރާތްތަކަށް ފެނުނު ގޮތުގައި އޭނާގެ ބޯ އޮތީ ހަށިގަނޑާ ވަކިކޮށް، ކޮތަޅަކަށް ލައި އައިސްއަލަމާރި ތެރޭގައި ބާއްވާފައެވެ. މީގެ އިތުރުން އޭނާގެ އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތަފްސީލުތައް ހާމަވީ ތަހުގީގު ކުރާ ފަރާތްތަކުން އެޕާޓްމަންޓް ބަލައި ފާސްކޮށް، ކަން ހިނގާދިޔަ ގޮތް ދެނެގަތުމަށް މަސައްކަތް ފެށުމުންނެވެ.

މައިގަނޑު ތުހުމަތު ކުރެވެނީ ކާކަށް؟

ފުލުހުން އެޕާޓްމަންޓަށް ދިޔައިރު ރިޔާގެ ފިރިމީހާއެއް އެތާކު ނެތެވެ.

އެން.ޑީ.ޓީ.ވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހަށްފަހު އޭނާ ފެނިފައިނުވާ ކަމަށް އަވަށްޓެރިން ވަނީ ބުނެފައެވެ. އެއާއެކު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ރާމަނޫޖަން އަމިއްލައަށް ފުލުހުންނާ ހަވާލުވީ އާދިއްތަ ދުވަހުގެ ރޭގައެވެ. އެއާއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ގުވަހާޓީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ކަމުގައި މައިގަނޑު ތުހުމަތު ކުރެވެނީ ރާމަނޫޖަންއަށެވެ. އަދި އޭނާ އެ ކުށަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މިފަދަ އިއުތިރާފުތަކަކީ ތަހުގީގުގެ ބައެއް ކަމަށްވާތީ، ފެންނަން ހުރި ހެކިތަކާ އެއްގޮތްވޭތޯ ފުލުހުން އިތުރަށް ބަލާނެއެވެ.

މިކަން ކުރަން މެދުވެރިވި ސަބަބަކީ ކޮބައި؟

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ކަށަވަރުކޮށެއް ނުދެއެވެ. ގޮސްވާމީއާއި ހަވާލާދީ ބައެއް ނޫސްތައް ބުނާގޮތުގައި އޭނާގެ އަނބިމީހާގެ ސްގަރޑެޑީ މަރާލާނެކަމަށް އޭނާ ބުނެފައިވެއެވެ.

ކުރިއަށްދާ ތަހުގީގުގެ ދަށުން، ތުހުމަތު ކުރެވޭ ފަރާތާ ސުވާލުކޮށް، އެޕާޓްމަންޓުން ފެނުނު ހެކިތައް ފުލުހުން ދަނީ ދިރާސާ ކުރަމުންނެވެ.

ފުލުހުންނަށް ފެނުނީ ކޮން ހެކިތަކެއް؟

ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކުށް ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރެއް އެޕާޓްމަންޓުން ވަނީ ފެނިފައެވެ.

މަރުވި އަންހެންމީހާގެ ހަށިގަނޑާއި ބުރިކޮށްލާފައިވާ ބޯ ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ގުވަހާޓީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ފޮނުވާފައެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިބްތިދާއީ ތަހުގީގުން ދައްކާ ގޮތުގައި މި މަރު ހިނގާފައިވަނީ ހަށިގަނޑު ފެނުމުގެ ގާތްގަނޑަކަށް 48 ގަޑިއިރު ކުރިންނެވެ.

މީގެ އިތުރުން، މި ކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތްތޯ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެން.ޑީ.ޓީ.ވީން ރިޕޯޓުކުރި ގޮތުގައި، ތުހުމަތު ކުރެވޭ ފަރާތުގެ ބަޔާނާއި ލިބިފައިވާ ހެކިތަކާ ދިމާވޭތޯ ތަހުގީގު ކުރާ ފަރާތްތަކުން ޔަގީންކުރާނެއެވެ.

މިހާރު ކުރިއަށްދާ ގާނޫނީ ފިޔަވަޅުތަކަކީ ކޮބައި؟

ރާމަނޫޖަން ގޮސްވާމީ ހައްޔަރުކުރެވިފައިވާއިރު، އޭނާއަކީ މިހާރު ތަހުގީގު މަރުހަލާގައި ހުރި ތުހުމަތު ކުރެވޭ ފަރާތެކެވެ. އޭނާގެ ކުށްވެރިކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ހުށަހެޅޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ކޯޓަކުންނެވެ.

އިންޑިއާގެ ގާނޫނުލްއުގޫބާތުގެ (ބީ.އެން.އެސް) 103 ވަނަ މާއްދާގެ ދަށުން، މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ، މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުމާއެކު ޖޫރިމަނާ ކުރެވިދާނެއެވެ.

މި ވަގުތު މި މައްސަލައިގައި އެންމެ ބޮޑު ސަމާލުކަމެއް ދެވޭނީ ތަހުގީގަށާއި، ފޮރެންސިކް ހޯދުންތަކަށާއި، ޕޯސްޓްމޯޓަމް ރިޕޯޓުގެ އިތުރުން ތުހުމަތު ކުރެވޭ ފަރާތާއި މި މަރާ ގުޅުވައިދޭ ހެކިތަކަށެވެ.

މިހާތަނަށް ފުލުހުން ވަނީ ރިޔާގެ ހަށިގަނޑު ފެނުނުކަމާއި، އޭނާގެ ފިރިމީހާ އަމިއްލައަށް ހަވާލުވުމުން ހައްޔަރުކޮށްފައިވާ ކަމާއި، އެޕާޓްމަންޓުން ހެކި ހޯދާފައިވާކަން ކަށަވަރުކޮށްދީފައެވެ. މި މަރުގެ ހަގީގީ ސަބަބާއި ކަން ހިނގި ގޮތުގެ ތަފްސީލުތައް އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

]]>
Thu, 10 Sep 2026 06:12:02 +0500 ނިއުސް ޑެސްކް
ކުޑަ ކުއްޖަކު 3 މީހުން މަރާލުން | އެތައް ބަޔަކު ކުޑަ ކުއްޖަކު މަރާލުން https://heerasnews.com/4573 https://heerasnews.com/4573 ގޯރަކްޕޫރު: އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ގޯރަކްޕޫރުގައި ހިނގި އާއިލީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއިން، އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ރަހުމުކުޑަ ގޮތަކަށް މަރާލައިފިއެވެ.

މި ހާދިސާގައި ތުހުމަތު ކުރެވެނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާ ވަނީ އޭނާގެ ބޭބެއާއި، ފަހަރިއާއި، އަދި އެ ދެމަފިރިންގެ ތިން އަހަރުގެ ފިރިހެން ދަރިފުޅު ނިދާފައި ތިއްބާ ހަމަލާދީ މަރާލާފައެވެ.

މުޅި ގޯރަކްޕޫރު ސިއްސުވާލި މި މަރުތަކުގެ ފަހަތުގައިވަނީ، އާއިލީ ވިޔަފާރިއެއް ހިންގުމުގެ ބާރުވެރިކަން ހޯދުމާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ވަނީ ކުށް ހިނގި ސަރަހައްދުން އެ ކުއްޖާ ބަންދުކޮށްފައެވެ. އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެށުމުގެ އިތުރުން، އެ ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ.

ބާރޫއިޕޫރު: ވެސްޓް ބެންގަލްގެ ބާރޫއިޕޫރުގައި ހިނގި ރަހުމްކުޑަ ޖިންސީ ގޯނާއާއި މަރުގެ ހާދިސާއަކާ ގުޅިގެން، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، ވަރުގަދަ ހަމަނުޖެހުންތަކެއް މިއަދު ވަނީ ހިނގާފައެވެ.

ބާރޫއިޕޫރުގައި ހިންގި ރަހުމްކުޑަ ޖިންސީ ގޯނާއާއި މަރުގެ ހާދިސާގައި، އުފަންދުވަހުގެ ހަފުލާއަކަށް ދަނިކޮށް ގެއްލުނު 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި އޮއްވާ އެ ސަރަހައްދުގެ ކުޅިއެއްގެ ތެރެއިން ފެނުނު ހާދިސާއެކެވެ. އެ ހާދިސާގައި ބަޔަކު މީހުން އެ ކުއްޖާ ރަހީނުކޮށް، ޖިންސީ ގޯނާކުރުމަށްފަހު، ގޯންޏަކަށްލައި، ދިރިހުއްޓާ ފެންގަނޑަށް އެއްލާލީއެވެ.

މި އަމަލުގެ ރަހުމްކުޑަކަމުން އާންމުން ނުކުމެ ބޮޑެތި މުޒާހަރާތައްކޮށް، މަގުތައް ބަންދުކޮށް، ކުރިމަތިލުންތަކެއް ހިންގާފައިވެއެވެ. މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.             

]]>
Thu, 10 Sep 2026 04:47:44 +0500 ނިއުސް ޑެސްކް
ކެރެލާގެ ކުރީގެ ޗީފްމިނިސްޓަރ ޕިނަރާއީ އާއި ދެކޮޅަށް ކޮރަޕްޝަންގެ ތަހުގީގެއް https://heerasnews.com/4571 https://heerasnews.com/4571 ތިރުވަނަންތަޕޫރަމް: ސީ.އެމް.އާރް.އެލް - އެކްސަލޮޖިކް މުއާމަލާތާ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިދިކޮޅު ލީޑަރު ޕިނަރާއީ ވިޖަޔަން އާއި ކުރީގެ މިނިސްޓަރު މުހައްމަދު ރިޔާޒް އަދި އޭނާގެ އަނބިކަނބަލުން ޓީ. ވީނާއާ ދެކޮޅަށް މައްސަލަ ބެލުމަށް އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ފޮނުވި ސިޓީއަކާ ގުޅިގެން ތަހުގީގެއް ހިންގުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅޭގޮތުން ވީ.ޑީ ސަތީޝަން އާއި ދާހިލީ ކަންކަމާ ބެހޭ އިސް ފަރާތްތަކުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މަޝްވަރާތަކުގައި ލަފާކުރެވުނު ގޮތުގައި އީޑީގެ ސިޓީގެ މައްޗަށް ބިނާކޮށް މައްސަލަ ބަލަން ޖެހޭނެއެވެ. އަދި މި މައްސަލައިގައި މިލިއަނުން ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، މިއީ ވިޖިލަންސް އިން ބެލުން އެންމެ ރަނގަޅު މައްސަލައެއް ކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. ސީދާ ދައުވާ ކުރަންވީތޯ ނުވަތަ އިތުރު ތަހުގީގަކަށްފަހު ކުރިއަށް ދާންވީތޯ ބެލުމަށް ގާނޫނީ ލަފާ ލިބުމާއެކު، ރަސްމީކޮށް ތަހުގީގު ފެށޭނެއެވެ.

އީޑީގެ ތަހުގީގުގެ ތެރެއިން ފެންމަތިވާ ކުށްތަކުގެ ހެކިތައް، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ 66 (ދޭއް) ވަނަ މާއްދާގެ ދަށުން ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ހިއްސާކުރުމަކީ އާންމު އުސޫލެވެ. މީގެ ފަހުން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނާނީ އެ މައުލޫމާތު ލިބޭ އިދާރާއަކަށެވެ. އީޑީން ދޭ މައުލޫމާތުތަކަކީ ތަހުގީގަށް ބޭނުންވާ ފެށުމެއް ކަމުގައި ބެލި ނަމަވެސް، މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށް ކުރިއަށް ގެންދަންވާނީ އެ އިދާރާއަކުން އަމިއްލައަށް ހޯދާ ހެކިތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

އީޑީން އެދިފައިވަނީ ޕިނަރާއީ ވިޖަޔަން އާއި ކުރީގެ މިނިސްޓަރު މުހައްމަދު ރިޔާޒް އަދި ވީނާއާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަ ބެލުމަށެވެ. އީޑީގެ ހޯދުންތަކުން ދައްކާ ގޮތުގައި، ޕިނަރާއީ ވިޖަޔަންގެ ވެރިކަމުގައި އޭނާގެ ދަރިފުޅު މެދުވެރިކޮށް ސީ.އެމް.އާރް.އެލް އެކްސަލޮޖިކް މުއާމަލާތުން 3.28 ކްރޯޑް ރުޕީސް ރިޝްވަތުގެ ގޮތުގައި ވަނީ ނަގާފައެވެ. މީގެ އިތުރުން، ވީނާގެ ފިރިކަލުން މުހައްމަދު ރިޔާޒް މި ރިޝްވަތު ނެގުމުގައި އިސްކޮށް އުޅުއްވި ކަމަށާއި، މި ފައިސާ ވީނާ އާއި އޭނާގެ ރަހުމަތްތެރިން މެދުވެރިކޮށް ދުބާއީއަށް ފޮނުވާފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވެސް އެ ސިޓީގައިވެއެވެ. މި މައްސަލައިގައި ހިމެނޭ ކުންފުނިތަކާއެކު ޖުމްލަ 12 ފަރާތެއްގެ ނަން އީޑީގެ ލިސްޓުގައި ހިމެނެއެވެ.

                    

]]>
Wed, 09 Sep 2026 09:52:04 +0500 ނިއުސް ޑެސްކް
ކޮޗިންގައި ޓްރިވެންޑްރަމް އަންހެނަކު މަރުވެފާ އޮއްވާފެނިއްޖެ https://heerasnews.com/4570 https://heerasnews.com/4570 އެރްނާކުލަމްގެ ކަރުކުއްޓީގައި ކުއްޔަށް ހިފާފައިވާ ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ތިރުވަނަންތަޕޫރަމަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފްލޮރެންސީ ނަމަކަށް ކިޔާ އަންހެނެކެވެ. ފުލުހުން މިހާރު ވަނީ މި ހާދިސާގެ ތަހުގީގު ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ ގޭގައި ދިރިއުޅެމުން ދިޔައީ އެކަނިމާ އެކަންޏެވެ. އަދި އޭނާއަކީ އެ ސަރަހައްދުގައި ލޮޓަރީ ޓިކެޓް ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔަ މީހެކެވެ. މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައީ އެ ގޭތެރެއިން ނުބައި ވަސް ދުވާތީ އަވަށްޓެރިން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ފުލުހުން އެ ގެއަށް ގޮސް ބެލި ބެލުމުން އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ އޮރިޔާން ހާލަތުގައެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވިތާ މިހާރު ހަތަރެއް ނުވަތަ ފަސް ދުވަސް ވެދާނެއެވެ. މި މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބެލެވޭތީ، ފޮރެންސިކް ޓީމުން ދަނީ އެ ގޭގައި އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

                    

]]>
Wed, 09 Sep 2026 09:24:35 +0500 ނިއުސް ޑެސްކް
ކިޔަވާކުދިން ދިރިއުޅޭ އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެ ގިނަ ބަޔަކު ތާށިވެއްޖެ https://heerasnews.com/4569 https://heerasnews.com/4569 އިންޑިއާގެ ވެރިރަށް ދިއްލީގައި ފަސް ބުރީގެ ހޮސްޓެލް އިމާރާތެއް ވެއްޓި ހިނގި ހާދިސާގައި މަދުވެގެން ހަތް މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 12 މީހަކު ސަލާމަތް ކުރެވިފައިވާއިރު، އިމާރާތުގެ ގައުފުނިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.

ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ދެކުނު ދިއްލީގެ ސަތްޔާ ނިކޭތަން ސަރަހައްދުގައެވެ. މިއީ ދިއްލީ ޔުނިވަރސިޓީގެ ސައުތު ކެމްޕަހާ ކައިރި، ގިނަ އަދަދެއްގެ ކިޔަވާ ކުދިން އަމިއްލަ ހޮސްޓެލްތަކުގައި ދިރިއުޅޭ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. ދިއްލީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، "ހޮސްޓެލް ޑޭޒް" ނަމަކަށް ކިޔާ މި އިމާރާތަކީ 75 އެނދުގެ ޖާގަ ހުރި ތަނެކެވެ. ގާތްގަނޑަކަށް 40 ނުވަތަ 50 އަހަރުވެފައިވާ މި އިމާރާތް ވެއްޓުނު ވަގުތު އެތަނުގެ ބޭސްމަންޓުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ދިޔައެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އިމާރާތް ވެއްޓެން ފެށުމާއެކު ކައިރީގައި ހުރި ކަރަންޓު ނަރުތަކެއް އެކި ފަރާތްފަރާތަށް ހޫރި، މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ބިމާ ހަމަވިއެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިމާރާތް ވެއްޓުމާއެކު ބާރުގަދަ ލޮޅުމެއް އިހުސާސްވި ކަމަށާއި، ގައުފުނިތަކުގެ ދަށުން މީހުން އެހީއަށް އެދި ގޮވާ އަޑު އިވުނު ކަމަށެވެ.

ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާ ވިދާޅުވީ، އިމާރާތް ވެއްޓެން މެދުވެރިވީ ބޭސްމަންޓުގައި ފެންބޮޑުވެފައި ވަނިކޮށް އެތަނުގައި މަރާމާތުގެ މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ. ސަލާމަތްކުރެވުނު މީހުންނަށް މިހާރު ދަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (AIIMS) ގައި ފަރުވާ ދެމުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދެވަނަ ދުވަހަކަށް ކުރިއަށްދާއިރު، ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އާއި ފުލުހުންނާއި ފަޔަރ ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގައުފުނިތަކުގެ ދަށުގައި ތާށިވެފައި ތިބި ބައެއް ކުދިން ދަނީ ފޯނުން ގުޅައި އެހީއަށް އެދެމުންނެވެ.

މި ހާދިސާއާ ގުޅިގެން އިމާރާތުގެ ވެރިފަރާތް ކަމަށްވާ ހަރީރާމް ބަންސާލް ވަނީ ހައްޔަރުކޮށްފައެވެ. ދިއްލީ ސަރުކާރުން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގެއް ފަށައި، އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފުވެފައިވޭތޯ ބަލަން ފަށާފައެވެ. އަދި މި ހާދިސާގައި އިހުމާލުވި ކަމަށް ބެލެވޭ މުނިސިޕަލް ކޯޕަރޭޝަންގެ ފަސް އޮފިޝަލަކު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހާދިސާއާ ގުޅިގެން ދިއްލީގެ އެކި ކޮލެޖުތަކުން ވަނީ ހާލުގައި ޖެހުނު ދަރިވަރުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ. ހަމައެއާއެކު، ދަރިވަރުންގެ ޖަމިއްޔާތަކުން ދަނީ ކިޔަވާ ކުދިން ދިރިއުޅޭ ހުރިހާ ތަންތަނުގެ ސަލާމަތީ އޮޑިޓެއް ހެދުމަށާއި، އިހުމާލުވި ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

]]>
Mon, 07 Sep 2026 22:43:05 +0500 ނިއުސް ޑެސްކް
އެމެރިކާއާއި އީރާނުން ބަދަލުހިފުމުގެ ހަމަލާތަކެއް https://heerasnews.com/4563 https://heerasnews.com/4563 މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު، މިދިޔަ ހަފުތާގައި އަލުން ފެށުނު ކުރިމަތިލުންތަކުގެ ތެރެއިން، ހޮނިހިރު ދުވަހު އެމެރިކާއާއި އީރާނުން ވަނީ އެއްގައުމު އަނެއް ގައުމުގެ އުޅަނދުފަހަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އީރާނާ ގުޅުންހުރި ތެޔޮ އުފުލާ ދެ އުޅަނދަކަށް ހަމަލާދީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވެއެވެ. މީގެ ތެރެއިން އެއް އުޅަނދަށް ހަމަލާދީފައިވަނީ ހާރިޖް އައިލެންޑް ކައިރިންނެވެ. މީގެ އިތުރުން ގަލްފް އޮފް އޮމާންގައި އޮތް ތިންވަނަ އުޅަނދެއް މުޅިން ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން މި ހަމަލާތައް ކަށަވަރުކޮށްދެމުން ބުނެފައިވަނީ، އެމެރިކާގެ ހަމަލާތަކުގެ ބަދަލުގައި، އެމެރިކާއާ ގުޅުންހުރި ތިން އުޅަނދަކަށް އީރާނުން ހަމަލާދީފައިވާ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން "ހުއްދަނޫން" މަގަކުން ދަތުރުކުރި ތެޔޮ އުފުލާ ތިން އުޅަނދަކަށްވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ހާމަކުރެއެވެ. އީރާނުގެ މި ބަޔާންތަކާ ގުޅޭގޮތުން ބީބީސީން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ ސުވާލުކުރުމުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

މި ހަމަލާތައް ދީފައިވަނީ މި ހަމަނުޖެހުމަކީ "ވަރަށް ކުޑަ ކަމެއް" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ. ހަ މަސް ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ހުއްޓުވުމަށް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާއިރު، ހޮނިހިރު ދުވަހުގެ ހަމަލާތަކާ ގުޅޭގޮތުން ޓްރަމްޕް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުގެ ހަބަރު ފެތުރިފައިވަނީ، "އީރާނުން އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދީފިނަމަ، އީރާނުގެ ތެޔޮ އުޅަނދުތައް ނައްތާލައި ފައްތާލާނެ" ކަމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ސޯޝަލް މީޑިއާގައި ލިޔުއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ސެންޓްކޮމް އިން ބުނި ގޮތުގައި، އީރާނާ ގުޅުންހުރި އުޅަނދުތަކަށް އެމެރިކާއިން ހަމަލާދިނުމުގެ ކުރިން، އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށާއި މިސައިލް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރަކަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އިން ދިން ހަމަލާތަކުން ކާމިޔާބުކަމާއެކު ދިފާއުވެފައިވާ ކަމަށާއި، އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމެރިކާއިން ބުނެއެވެ.

މެދުއިރުމަތީގެ އަސްކަރީ ހަރަކާތްތައް ބަލަހައްޓާ ސެންޓްކޮމް އިން ތުހުމަތުކުރާ ގޮތުގައި، އެމެރިކާއިން ހަމަލާދިން އީރާނުގެ ތިން އުޅަނދަކީ އައި.އާރް.ޖީ.ސީ އާއި އެ ޖަމާއަތަށް ތާއީދުކުރާ ސަރަހައްދީ ގްރޫޕްތަކަށް ފަންޑުކުރާ ބިލިއަން ޑޮލަރުގެ ވަގު ނެޓްވޯކެއްގެ ބައެކެވެ.

އީރާނުގެ ސަރުކާރު މީޑިއާ، އިރިބް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހާރިޖް އައިލެންޑް ކައިރީގައި އޮތް އުޅަނދަށް އެމެރިކާއިން ދިން ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހާރިޖް އައިލެންޑަކީ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒެވެ. އީރާނުން ބޭރުކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ފޮނުވަނީ މި ރަށުގެ ތެރެއިންނެވެ.

ގަލްފް އޮފް އޮމާންގައި ހަމަލާދެވުނު ދެ އުޅަނދުގެ ފަޅުވެރިން ސަލާމަތްކޮށް އެއްގަމަށް ގެންގޮސްފައިވާ ކަމަށްވެސް އިރިބް އިން ބުނެއެވެ. މީގެ ތެރެއިން އެއް އުޅަނދަކީ ހުސްކޮށް އޮތް އުޅަނދެއް ނަމަވެސް، އަނެއް އުޅަނދުގައި ތެޔޮ ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން އައި.އާރް.ޖީ.ސީ އިން ވަނީ ސަރަހައްދީ ހަ އުޅަނދަކަށް ބަދަލުހިފުމުގެ ހަމަލާ ދީފައެވެ. މީގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ތިން އުޅަނދަކާއި، އެހެން ސަރަހައްދުތަކުގައި އޮތް އެމެރިކާއާ ގުޅުންހުރި ތިން އުޅަނދެއް ހިމެނެއެވެ. އީރާނުން ބުނާ ގޮތުގައި އެ ތިން އުޅަނދަށް ހަމަލާދިނީ ހުއްދަނޫން މަގުތަކަކުން ދަތުރުކުރުމާ ގުޅިގެންނެވެ.

ދުނިޔޭގެ ހަކަތައިގެ ސިނާއަތަށް ނުހަނު މުހިންމު ހޮރްމޫޒް ކަނޑުއޮޅި، ފެބުރުއަރީ މަހު ހަނގުރާމަ ފެށުނީއްސުރެ އޮތީ ބަންދުކޮށްފައެވެ. މިއީ އީރާނުން ބާރުވެރިކަން ދެއްކުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތެކެވެ. އެ ސަރަހައްދުގެ ބާރު ދޫނުކުރާނެ ކަމަށް އީރާނުން ބުނަމުންދާއިރު، އޮމާންގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ދަތުރުކުރާ އުޅަނދުފަހަރަށްވެސް އީރާނުން މީގެ ކުރިން ހަމަލާދީފައިވެއެވެ.

އީރާނުގެ ހަމަލާތަކާއެކުވެސް، ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ކަނޑުއޮޅި އޮތީ "ހުޅުވިފައި" ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ދެކުނު މަގުން ދަތުރުކުރާ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު އެމެރިކާއިން ވަނީ އަލުން ހަމަލާތައް ދޭން ފަށާފައެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތައް ދިނީ ހޮރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލުމަށް ބޭނުންކުރަން އުޅުނު ރޮކެޓް ލޯންޗަރުތަކަކަށެވެ. އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއިން "ވަރަށް ވަރުގަދަ ހަމަލާއެއް" ދީފައިވާ ކަމަށާއި، ނަމަވެސް މި ހަމަނުޖެހުން މާ ގިނަ ދުވަހަކަށް ދެމިގެން ނުދާނެ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ޔޫ.އޭ.އީ، ބަހްރޭން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފައެވެ.

އީރާނުގެ ދެކުނުގައި ބޭއްވި ކައިވެނި ހަފުލާއަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރުވި ކަމަށް ބުނާ މައްސަލައާ ގުޅިގެން، ނައިބު ރައީސް ޖޭ.ޑީ ވެންސް ވިދާޅުވީ އެކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. ނަމަވެސް އެމެރިކާއިން އެކަން ތަހުގީގު ކުރާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ. އީރާނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި ސިރިކްގައި ހުރި ގެއަކަށް މިސައިލެއްގެ ބައިތައް އެރުމުގެ ސަބަބުން މީހުން މަރުވެފައިވާތީ، އީރާނުން ވަނީ އެއީ "ހަނގުރާމައިގެ ކުށެއް" ކަމަށް ކަނޑައަޅާފައެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް 60 ދުވަހުގެ ސުލްހައިގެ އެއްބަސްވުން މިދިޔަ މަހު ހަމަވެފައިވާއިރު، ސިޔާސީ ހައްލެއް ފެންނާކަށް ނެތެވެ. އެއްބަސްވުން ހަމަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އީރާނަށާއި އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކާ ދެކޮޅަށް އިގްތިސާދީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

ހުކުރު ދުވަހުވެސް ޓްރަމްޕް ތަކުރާރުކުރެއްވީ މިއީ "ހަނގުރާމައެއް" ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ "އަސްކަރީ ކުރިމަތިލުމެއް" ކަމަށާއި، އެމެރިކާއަށް މިއީ ވަރަށް ކުޑަ ކަމެއް ކަމަށެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް ފުޅާދާއިރާއެއްގައި ފުރަތަމަ ހަމަލާދީފައިވަނީ ފެބުރުއަރީ 28 ގައެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި، ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ ބައިވެރި ގައުމުތަކަށް ހަމަލާދީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ހުއްޓުވާފައެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ އުފުލާ ހޮރްމޫޒް ކަނޑުއޮޅިއަކީ ކުރިން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފުލާ އެއް މަގު ނަމަވެސް، މިހާރު އެ ސަރަހައްދަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ވަނީ އުފުލިފައެވެ. ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކާ ގުޅިގެން ޓްރަމްޕަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.

ހުކުރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާގައި ޑީސަލް ލީޓަރެއްގެ އެވްރެޖް އަގު ހުރީ 5.85 ޑޮލަރުގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 3.71 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

]]>
Sun, 06 Sep 2026 08:14:13 +0500 ނިއުސް ޑެސްކް
ބިޓް ކެޓުމުން މަރާލާފައި އެއްލާލީ ކުނި ގޮނޑަށް https://heerasnews.com/4561 https://heerasnews.com/4561 ޔޫޓާގެ ގޭންގު މެންބަރަކު އޭނާގެ ލޯބިވެރިޔާ ވަކިވުމުން، އޭނާގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު ކުނިގޮނޑެއްގެ ކައިރިއަށް އެއްލާލި މައްސަލައިގައި 15 އަހަރާއި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2024 ޖަނަވަރީ 20 ގައި އެމެރިކާގެ ސޯލްޓް ލޭކް ސިޓީގައެވެ. އުމުރުން 46 އަހަރުގެ ފްރެޑް ޖޭސަން އެޑްވާޑްސް، އުމުރުން 25 އަހަރުގެ އެސްޕެރަންޒާ ޗާވޭޒްގެ ގަޔަށް ބަޑިޖަހައި މަރާލީ، އެ ދެމީހުންގެ ގުޅުން ކަނޑާލުމަށްފަހު ޗާވޭޒް އޭނާގެ މައިންބަފައިންގެ އެހީތެރިކަމާއެކު އެހެން ސްޓޭޓަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާ މަރާލާފައިވަނީ އެޑްވާޑްސްގެ ކާރު ތެރޭގައެވެ.

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކުނިގޮނޑެއްގެ ކައިރިން ޗާވޭޒްގެ ހަށިގަނޑު ފެނުނުއިރު، ސަރވެއިލަންސް ފޫޓޭޖްތަކުން ފެންނަ ގޮތުގައި އެޑްވާޑްސް ވަނީ އެ ހަށިގަނޑު ކުނި އަޅާ ފޮށްޓަށް ލާން މަސައްކަތްކޮށް، އެކަން ކާމިޔާބު ނުވުމުން ފޮށީގެ އަރިމަތީގައި ބާއްވާފައި ފިލާފައެވެ. އޭނާ ހައްޔަރުކުރެވުނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަކަށް އެޑްމިޓްވާން ގޮސް އިންދައެވެ.

މި މައްސަލައިގައި އެޑްވާޑްސްގެ މައްޗަށް ފުރަތަމަ ދަރަޖައިގެ މީހަކު މެރުމުގެ ދައުވާގެ އިތުރުން، ބަޑި ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުމުގެ ދައުވާތައް އުފުލުނެވެ. ނަމަވެސް، އިއުތިރާފުވުމުގެ އެއްބަސްވުމެއްގެ ދަށުން އެހެން ހުރިހާ ދައުވާތަކެއް ވަނީ ދޫކޮށްލާފައެވެ.

ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެޑްވާޑްސްއަކީ މީގެ ކުރިންވެސް ޗާވޭޒްއަށް އެކިފަހަރު މަތިން އަނިޔާކޮށްފައިވާ މީހެކެވެ. މީގެ ތެރޭގައި ޗާވޭޒްގެ ބޯ ކާރުގެ ހުންގާނުގައި ތަޅައި، އޭނާގެ ލޮލަށް އަނިޔާކުރަން މަސައްކަތްކުރުމުގެ އިތުރުން، އަތަށް ވަޅިން ހަމަލާދިނުން ހިމެނެއެވެ. ޗާވޭޒް އޭނާގެ މައިންބަފައިންގެ އެހީގައި އެހެން ތަނަކަށް ބަދަލުވާން އުޅުނީވެސް އެޑްވާޑްސްގެ ކިބައިން ސަލާމަތްވުމަށެވެ.

މީގެ އިތުރުން، އެޑްވާޑްސްއަކީ ކުރިންވެސް އެހެން އަންހެނުންނަށް ގެވެށި އަނިޔާކުރުމުގެ ރެކޯޑް އޮތް އަދި ގޭންގުތަކާ ގުޅުން އޮންނަ މީހެއްކަން ފާހަގަކުރެވެއެވެ. މި މައްސަލައިގެ ބަދަލު ނަގައިދިނުމާ ގުޅޭ އަޑުއެހުން ނޮވެމްބަރު 5 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

]]>
Sat, 05 Sep 2026 05:32:38 +0500 ނިއުސް ޑެސްކް
ބެލެނިވެރިކަން ގެއްލުމުން 18 މަހުގެ ދަރިފުޅު މަރާލި މަންމަ ޖަލަށް https://heerasnews.com/4560 https://heerasnews.com/4560 ދަރިފުޅުގެ ބެލެނިވެރިކަން ގެއްލުމާ ގުޅިގެން، 18 މަހުގެ ތުއްތު ދަރިފުޅަށް ނިދާ ބޭސް އަޅާފައި ހުރި ފުޅިއަކުން ވިހަދީ މަރާލި މައްސަލައިގައި 24 އަހަރުގެ އަންހެނަކު 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މޭގް ޔަންގް ނަމަކަށް ކިޔާ މި އަންހެން މީހާގެ މައްޗަށް މި ހުކުމް އައީ ދަރިފުޅު މަރާލިކަމަށް އިއުތިރާފުވުމާ ގުޅިގެންނެވެ.

ކޯޓު ރެކޯޑުތަކުން އެނގޭ ގޮތުގައި، ކުއްޖަކު ނޭވާ ނުލާކަމުގެ ރިޕޯޓު ލިބިގެން ކަމާބެހޭ ފަރާތްތަކުން އެގެއަށް ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އުމުރުން 18 މަހުގެ ޑީއަލީ ބްލިއާ ޑެލްގާޑޯ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. އެވަގުތު އެގޭތެރެއިން އޭނާގެ މަންމަ ޔަންގް ފެނުނުއިރު، އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޔަންގް ހައްޔަރުކުރީ ހޮސްޕިޓަލުން ދޫކޮށްލުމާ އެކުގައެވެ. ތަހުގީގުން ހާމަވި ގޮތުގައި، ދަރިފުޅު މަރުވެފައި އޮއްވާ ފެނުނު ދުވަހަކީ ކޯޓުން އެ ކުއްޖާގެ ބެލެނިވެރިކަން ޔަންގްގެ އަތުން ނަގައި، ކުއްޖާގެ ބައްޕައާ ވަގުތީ ގޮތުން ހަވާލުކުރި ދުވަހެވެ. ކޯޓު އަޑުއެހުމަށްފަހު، ޔަންގް ވަނީ "ތަދު ކަނޑުވާލުމަށް" ކަމަށް ބުނެ ކުއްޖާގެ ކިރުފުޅިއަށް ނިދާ ބޭސް އަޅާފައެވެ. އޭނާ ބުނި ގޮތުގައި އޭނާ ބޭނުންވީ ނިދީގައި އޮއްވާ ދަރިފުޅު އަމާންކަމާއެކު މަރުވުމަށެވެ.

މި ހާދިސާ ފެންމަތިވީ، ކުއްޖާގެ ހާލު ބެލުމަށް ބައްޕަ އެގެއަށް ގޮސް، ދޮރު ހުޅުވައިގެން އެތެރެއަށް ވަން އިރު ކުއްޖާ ނޫވެފައި ބިމަށް ވެއްޓިފައި އޮއްވާ ފެނުމުންނެވެ. އޭނާ ވަގުތުން ކަމާބެހޭ ފަރާތްތަކަށް ގުޅައި އެހީއަށް އެދުނެވެ.

މި މައްސަލައިގައި ޔަންގް ކުށަށް އިއުތިރާފުވުމުން، ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ 380 މަސްދުވަހަށް (ގާތްގަނޑަކަށް 31 އަހަރަށް) ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މަރުވި ތުއްތު ކުއްޖާގެ ހަނދާނުގައި އާއިލާއިން ބުނެފައިވަނީ، ޑީއަލީއަކީ އޭނާގެ ބައްޕަ ނުހަނު ލޯބިވި އަދި އެ ދަރިފުޅުގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތްކުރި ކުއްޖެއް ކަމަށެވެ. ކުއްލި ގޮތަކަށް އެ ދަރިފުޅު ވަކިވެގެން ދިއުމަކީ ބައްޕަގެ ހިތަށް ފޫނުބެދޭވަރުގެ ބޮޑު ހިތާމައެއް ލިބުނު ކަމެއް ކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެއެވެ.

ހާދިސާ ހިންގާފައިވަނީ އެމެރިކާގެ މިނެސޯޓާގެ ހެނަޕިން ކައުންޓީގައެވެ.

                    

]]>
Fri, 04 Sep 2026 23:29:22 +0500 ނިއުސް ޑެސްކް
މާބަނޑު ފުލުހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ ޒަހަމްކޮށްލައިފި https://heerasnews.com/4556 https://heerasnews.com/4556 ބެންގަލޫރުގެ ފުލުހުންގެ މަރުކަޒަކަށް މައްސަލައެއް ހުށަހަޅަން ދިޔަ މީހަކު، އެތަނުގައި ހުރި މާބަނޑު ފުލުހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ އެ ކޮންސްޓަބަލް މަރާލަން ދިން ހަމަލާއެކެވެ.

ބެންގަލޫރުގެ ރޭލްވޭ ޕޮލިސް ސްޓޭޝަނެއްގައި މަސައްކަތްކުރާ މާބަނޑު އަންހެން ފުލުހަކަށް މި ހަމަލާ ދީފައިވަނީ، މައްސަލައެއް ހުށަހަޅަން ދިޔަ މީހަކު ފަހުން އައުމަށް އެދުމުންނެވެ. އެ މީހާ އެނބުރި އައީ ދަގަނޑު ބުރިއެއް ހިފައިގެން ކަމަށާއި، އޭނާ ވަނީ ކޮންސްޓަބަލް ޝިލްޕާގެ ބޮލުގައި މަދުވެގެން އަށް ފަހަރު ޖަހާފައެވެ.

މަޖެސްޓިކް ރޭލްވޭ ޕޮލިސް ސްޓޭޝަނަށް އެ މީހާ ދިޔަ ވަގުތު ސްޓޭޝަނުގައި ހުރި ހަމައެކަނި މުވައްޒަފަކީ ޝިލްޕާއެވެ. އެ ވަގުތު މައްސަލަ ބަލައިގަނެވޭނެ އިތުރު މުވައްޒަފަކު ނެތުމުން، ޝިލްޕާ އޭނާގެ ކިބައިން އެދުނީ ފަހުން އައުމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހާ ސްޓޭޝަނުން ނުކުމެގެން ގޮސް އިރުކޮޅެއް ފަހުން އެނބުރި އައީ ބެރިކޭޑް ފުރޮޅެއް ހަރުކޮށްފައިވާ ބަރު ދަގަނޑު ބުރިއެއް ހިފައިގެންނެވެ. އަދި ޝިލްޕާއަށް ހަމަލާދީ އޭނާގެ ބޯ ފަޅާލާފައިވެއެވެ.

މި ހަމަލާގައި ޝިލްޕާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފަރުވާއަށް ފުރަތަމަ ގެންދެވުނީ މަނިޕާލް ހޮސްޕިޓަލަށެވެ. އޭގެ ފަހުން ސުގުނާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު، އޭނާއަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން ހަމަލާދިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

]]>
Thu, 03 Sep 2026 11:00:25 +0500 ނިއުސް ޑެސްކް
ކައިވެނި މަރާލުމުގެ ބަދަލަކަށް 25 ލައްކަ އަބިމީހާއަށް ދޭން ޖެހިއްޖެ https://heerasnews.com/4555 https://heerasnews.com/4555 'ރޫޅިފައިވާ ކައިވެންޏެއް' ވަކިކޮށްދީ، އަނބިމީހާއަށް ދާއިމީ އެލިމަނީގެ ގޮތުގައި 25 ލައްކަ ރުޕީސް ދިނުމަށް ކަރުނާޓަކާގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

ލޯބީގެ ގޮތުން ގުޅިގެން 2013 ވަނަ އަހަރު ކައިވެނިކުރި ދެމަފިރިން، 2016 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން އައީ ވަކިންނެވެ. އަނބިމީހާ ތުހުމަތުކުރި ގޮތުގައި، އޭނާއަކީ 'ޝެޑިއުލްޑް ކާސްޓް' އަށް ނިސްބަތްވާ މީހަކަށް ވުމުން، ފިރިމީހާގެ އާއިލާއިން އެ ކައިވެންޏާ ދެކޮޅެވެ.

ބެންގަލޫރަށް ނިސްބަތްވާ މި ދެމަފިރިންގެ ކައިވެނީގެ އެއްވެސް މާނައެއް ނެތް ކަމަށާއި، އެ ގުޅުން މިހާރު އޮތީ މަރުވެފައި ކަމަށް ދެ ފަރާތުންވެސް ކޯޓުގައި އެއްބަސްވުމާ ގުޅިގެން، ކަރުނާޓަކާ ހައިކޯޓުން ވަނީ ވަރި ސާބިތުކޮށްދީފައެވެ. އަދި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ދާއިމީ އެލިމަނީގެ ގޮތުގައި 25 ލައްކަ ރުޕީސް، ފަސް އިންސްޓޯލްމަންޓަކަށް ބަހާލައިގެން ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖަސްޓިސް ޑީ.ކޭ. ސިންގް އަދި ޖަސްޓިސް ޓީ.އެމް. ނަދާފް ބެއްލެވި މި މައްސަލައަކީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެމިލީ ކޯޓުން ކައިވެނި ރޫޅާލުމަށް ނިންމި ނިންމުން އަނބިމީހާގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.

އޮގަސްޓް 27 ގައި ނެރުނު ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައިވެނީގެ އެއްވެސް މަގްސަދެއް މިހާރު ނެތް ކަމަށާއި، އެ ގުޅުން ދެމެހެއްޓުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ދެ ފަރާތުންވެސް ވަނީ ބުނެފައެވެ. އަދި މި ކައިވެންޏަށް ދަރިއަކު ލިބިފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ދެ އާއިލާގެ ބޮޑެތި މީހުންނާއި ތިމާގެ މީހުންގެ ހާޒިރުގައި 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު މި ދެމީހުން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ނަމަވެސް ފިރިމީހާ ބުނި ގޮތުގައި، ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަނބިމީހާ ފިރިމީހާގެ މައިންބަފައިންނާއެކު އުޅެން ބޭނުންނުވާތީ، ކައިވެނީގެ ކުރީކޮޅުވެސް އުފާވެރިކަމެއް ނެތެވެ.

އޭނާ ބަޔާންކުރި ގޮތުގައި، ދެމީހުންގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން އިތުރުވަމުން ގޮސް، މޭ 2016 އިން ފެށިގެން ދެމީހުން ވަކިން ދިރިއުޅެން ފެށިއެވެ. އޭގެ ފަހުން، ދާއިމީ ހަރަދަކާ ނުލައި ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ވަރިވުމަށް އެދި އޭނާގެ އަންހެނުން އީމެއިލް މެދުވެރިކޮށް ހުށަހެޅި ކަމަށް ބުނެފައިވެއެވެ.

'ޒާތީ ގިންތީގެ ސަބަބުން ތަފާތުކުރުންތައް ކުރިމަތިވިކަމަށް ބުނަމުން ފިރިމީހާގެ ތުހުމަތުތައް ދޮގުކުރަމުން އަނބިމީހާ ބުނި ގޮތުގައި އޭނާއަކީ ދަށް ގިންތިއެއްގެ (ޝެޑިއުލްޑް ކާސްޓް) މީހަކަށް ވާތީ، ފިރިމީހާގެ އާއިލާގެ މީހުން އެ ކައިވެންޏާ ދެކޮޅެވެ. އަދި އެ ގިންތީގެ ތަފާތުކުރުންތަކާ ހެދި، ފިރިމީހާގެ ބައްޕަ އޭނާގެ އާއިލާގެ މީހުންނާ ދުރުހެލިވި ކަމަށާއި، އޭނާ ކައްކާ އެއްވެސް އެއްޗެއް ފިރިމީހާގެ އާއިލާގެ މީހުން ކައި ނޫޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން ފެމިލީ ކޯޓުން ވަނީ ފިރިމީހާގެ ހުށަހެޅުމަށް ތާއީދުކޮށް، 2021 ވަނަ އަހަރު ވަރީގެ ހުކުމް އިއްވާފައެވެ. ނަމަވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އަންހެންމީހާ ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އޭނާ ބުނި ގޮތުގައި 2013 ވަނަ އަހަރު ކައިވެނީގެ ކުރީކޮޅު ފިރިމީހާއަށް އާމްދަނީގެ ގޮތުގައި 20،000 ރުޕީސް ލިބެއެވެ. ނަމަވެސް ފިރިމީހާ ބުނި ގޮތުގައި އަންހެންމީހާ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކޮށް، މަހަކު 1 ލައްކަ ރުޕީސް ހޯދައެވެ. އެއީ އޭނާއަށް ލިބޭ މުސާރައަށްވުރެ ބޮޑު އަދަދެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައިގައި އަންހެންމީހާގެ ވަކީލުންނަކީ ނިދީ ޝެޓީ އަދި ރަމޭޝް ކޭ އެވެ. ފިރިމީހާގެ ވަކީލަކީ ކަޕިލް ޑިކްސިޓް އެވެ.

ފިރިމީހާގެ މައްޗަށް 25 ލައްކަ ރުޕީސް ދެއްކުމަށް އަމުރުކުރުން

ހައިކޯޓުން ފާހަގަކުރި ގޮތުގައި، ގިނަ މަޝްވަރާތަކަކަށްފަހު ފިރިމީހާ ވަނީ ދާއިމީ ހަރަދުގެ ގޮތުގައި 15 ލައްކަ ރުޕީސް، ތިން މަސް ދުވަހުގެ ތެރޭގައި ބަހާލައިގެން ދެއްކުމަށް އެއްބަސްވެފައެވެ. ނަމަވެސް އަންހެންމީހާ އެދުނީ 40 ލައްކަ ރުޕީސް ހޯދުމަށެވެ.

ފަނޑިޔާރުން އެންމެ ފަހުން ނިންމެވީ، ދާއިމީ ހަރަދުގެ ގޮތުގައި ޖުމްލަ 25 ލައްކަ ރުޕީސް ފިރިމީހާ ދެއްކުމަށެވެ. މި ފައިސާ ދައްކަންޖެހެނީ ސެޕްޓެމްބަރު މަހުން ފެށިގެން، ކޮންމެ މަހަކު 5 ލައްކަ ރުޕީސްގެ މަގުން ފަސް މަސް ދުވަހަށް ބަހާލައިގެންނެވެ.

"މީގެ އިތުރުން، އަމުރުކޮށްފައިވާ ފައިސާ ދެއްކުމުގައި ފިރިމީހާ އިހުމާލުވެއްޖެ ނަމަ، މި އިސްތިއުނާފީ ހުކުމުގައިވާ ގޮތުގެ މަތިން އެ ފައިސާ ހޯދުމަށްޓަކައި ހުކުމް ތަންފީޒުކުރުމަށް އެދުމުގެ އިހުތިޔާރު އަނބިމީހާއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފީ މައްސަލަ ނިންމަވަމުން ކޯޓުން ފާހަގަކުރެއްވި ގޮތުގައި، ވަރިވުމަށާއި ދާއިމީ ހަރަދުގެ ގޮތުގައި ދޭންޖެހޭ ފައިސާއާ މެދު އެއްބަސްވުމަކަށް އާދެވިފައިވާތީ، އެކަކު އަނެކަކާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެންދާނެ ކަމަށް އެ ދެމަފިރިން ވަނީ ބުނެފައެވެ."

]]>
Thu, 03 Sep 2026 09:17:27 +0500 ނިއުސް ޑެސްކް
ބިން ވިއްކާލައިގެން ދެ ދަރިންވެގެން މައިންބަފައިންނަށް އަނިޔާކޮށްފި https://heerasnews.com/4554 https://heerasnews.com/4554 ޕޫނޭ ޑިސްޓްރިކްޓްގައި އުމުރުން 65 އަހަރުގެ ދަނޑުވެރިއަކާއި ބަލިކޮށް އުޅޭ އޭނާގެ އަންހެނުންނަށް، އެމީހުންގެ ދެ ދަރިން މަގުމަތިން ހުރަސްއަޅައި ލަކުޑިބުރިން ތަޅައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މައިމީހާގެ ނަމުގައި އޮތް ބިމެއް ވިއްކާލުމާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އޯގަސްޓް 30 ވަނަ ދުވަހުގެ ހަވީރު 6 ޖަހާކަންހާއިރު، ތުކާރާމް ކިސާން ރައުތް އާއި އޭނާގެ އަންހެނުން އަންޖަނާ ރައުތް އަވަށު ތެރޭގައި ހިނގާލަން ނުކުމެ އުޅެނިކޮށެވެ.

އެ ދެމަފިރިންގެ ދެ ދަރިން ކަމަށްވާ ސަންޖޭ ރައުތް އާއި ރާޖެންދުރަ ރައުތް ކާރެއްގައި އެމީހުންގެ ފަހަތުން ގޮސް، ބިން ވިއްކާލި މައްސަލައިގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، އެ މުއާމަލާތް ކެންސަލް ނުކޮށްފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ފުލުހުން ބުނެއެވެ.

އިންދަޕޫރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، "ބިން ވިއްކާލީ ކީއްވެގެންތޯ" ސުވާލުކުރުމަށްފަހު، އެ ދެމަފިރިންގެ ގައިގައި ލަކުޑިބުރިން ތަޅައި އަނިޔާކުރަން ފެށި ކަމަށެވެ. މި ހަމަލާގައި ތުކާރާމްގެ ބުރަކަށީގެ އިތުރުން މޫނާއި، ފަލަމަސްގަނޑާއި ވައަތްފަރާތު ކޮނޑަށް އަނިޔާވެފައިވާއިރު، އަންޖަނާގެ ކަނާތު އަތުކުރިއަށާއި އުނަގަނޑަށް ވަނީ އަނިޔާވެފައެވެ.

އަނިޔާކުރަމުން ދިޔައިރު، ވިއްކާލި ބިން އަނބުރާ ހޯދުމަށް އެ ދެބޭން ބާރުއަޅަމުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން "ވިއްކާލި ބިން އަނބުރާ ހޯދާ، ނޫންނަމަ އަހަރެމެންނަށް ކުރެވޭނެ ކަންތައްތައް ދައްކާލާނަން" ކަމަށް ބުނެ އެމީހުން އިންޒާރު ދީފައިވެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ތިބި އާންމުން އެއްވެ، ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން އައިސް އެ ދެމަފިރިން އިންދަޕޫރު ސަބް-ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އާންމުންގެ ބަޔަކު ނަގާފައިވާ މި ހާދިސާގެ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. ތުކާރާމް ފުލުހުންނަށް ކިޔައިދިން ގޮތުގައި، އޭނާގެ ދެ ދަރިންވެސް ދިރިއުޅެނީ އެމީހުންގެ އާއިލާތަކާއެކު ވަކިންނެވެ.

ފުލުހުން މިހާރު ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި އަނިޔާކުރުމާއި، މަސްލަހަތު ނަގާލުމުގެ ނިޔަތުގައި ބަދުބަސް ބުނުމާއި އަދި މަރުގެ އިންޒާރު ދިނުމުގެ ކުށުގައި އެ ދެބޭންގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ.               

]]>
Wed, 02 Sep 2026 18:03:27 +0500 ނިއުސް ޑެސްކް
9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 61 އަހަރުގެ މީހަކު ޖަލަށް https://heerasnews.com/4545 https://heerasnews.com/4545 ބަނގްލަދޭޝްގެ މައިމެންސިންގްގެ ދަކްޝިން ގަފަރުގާއޮން އަވަށުގައި 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ޖަލަށްލުމަށް އެ ސިޓީގެ ކޯޓަކުން މިއަދު އަމުރުކޮށްފިއެވެ.

ޕަގްލާ ޕޮލިސް ސްޓޭޝަންގެ އޮފިސަރު އިންޗާޖް މުހައްމަދު އަމީނުލް އިސްލާމް ވިދާޅުވި ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކަންދީޕާރާ ސަރަހައްދަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ދަނޑުވެރިއެއް ކަމަށްވާ މުހައްމަދު ސަމީރުއްދީނެވެ. އޭނާ މިއަދު މެންދުރުފަހު ކޯޓަށް ހާޒިރުކުރުމުން، ސީނިއާ ޑިސްޓްރިކްޓް ޖުޑީޝަލް މެޖިސްޓްރޭޓް ވަނީ އޭނާ ޖަލަށް ބަދަލުކުރުމަށް އަމުރުކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ކުއްޖާގެ މަންމަ ވަނީ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. މައްސަލައިގެ ބަޔާނުގައިވާ ގޮތުން، ގްރޭޑް 3 އެއްގައި ކިޔަވަމުންދާ މި ކުއްޖާ ދިރިއުޅެނީ އޭނާގެ މަންމައާއެކުގައެވެ. ކުއްޖާގެ ބައްޕައަކީ ގައުމުން ބޭރުގައި މަސައްކަތްކުރާ މީހެކެވެ.

އޯގަސްޓް 25 ވަނަ ދުވަހު ކުއްޖާ އިމްތިހާން ނިންމާފައި ގެއަށް ދަނިކޮށް، ސަމީރުއްދީން ފައިސާގެ ދަހިވެތިކަން ދައްކައިގެން ކުއްޖާ ކައިރީގައި އޮތް ދޮންކެޔޮ ދަނޑަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ބަޔާނުގައިވެއެވެ.

އޮފިސަރު އިންޗާޖް ވިދާޅުވި ގޮތުގައި، އެ އަމަލު ހިންގުމަށްފަހު އޭނާ ވަނީ ކުއްޖާއަށް 100 ޓާކާ ދީ، އެއްވެސް މީހަކަށް އެ ވާހަކަ ކިޔައިދީފިނަމަ އަނިޔާކުރާނެ ކަމަށް ބުނެ ބިރުދައްކާފައެވެ. ނަމަވެސް، ކުއްޖާ ގެއަށް ގޮސް އާއިލާއަށް އެ ވާހަކަ ކިޔައިދިނެވެ.

މި ހާދިސާއަށްފަހު، ރަށުގެ ބައެއް މީހުން ގުޅިގެން މި މައްސަލަ ރަށުތެރޭގައި ސިއްރުން ނިންމާލުމަށް މަސައްކަތް ކުރި ނަމަވެސް، ފުލުހުންނަށް އެ މައުލޫމާތު ލިބުމާއެކު ހުކުރު ދުވަހު އެ ގެއަށް ގޮސް ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރިއެވެ.

މިހާރު އެ ކުއްޖާ ވަނީ ސިއްހީ ތަހުލީލުތައް ފުރިހަމަކުރުމަށްޓަކައި މައިމެންސިންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ފޮނުވާފައެވެ.

]]>
Sat, 29 Aug 2026 23:17:37 +0500 ނިއުސް ޑެސްކް
ފިލައިގެން އުޅޭތާ 42 އަހަރުފަހުން ފެނުނީ ގާތިލްތަ؟ https://heerasnews.com/4543 https://heerasnews.com/4543
  • 42 އަހަރަށްފަހު ސުކުމާރަ ކުރޫޕްގެ ހޯދުމުގެ މަސައްކަތް އައުވެއްޖެ
  • ބްރޫނާއީން ފެނުނު ކަމަށް ބުނާ ފޮޓޯއާއެކު އައު ހޯދުންތަކެއް
  • ކެރެލާގެ މަޝްހޫރު ކުށްވެރިޔާ ސުކުމާރަ ކުރޫޕް، ބްރޫނާއީގައި ވަގު ނަމެއްގައި ދިރިއުޅެމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކެއް ބުނެފިއެވެ. ޓީވީ ޗެނަލަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ މަސައްކަތް ކުރަމުންދިޔައީ އިމާރާތްކުރުމުގެ ދާއިރާގައެވެ. އޭނާގެ ވާހަކަދެއްކުމުގެ ގޮތް ހުރިގޮތުން އެއީ ކުރޫޕް ކަމަށް ބައެއް މީހުންނަށް ތުހުމަތު ކުރެވުނު ނަމަވެސް، އޭނާ އުޅެމުންދިޔައީ އެކަހެރި ދިރިއުޅުމެކެވެ.

    މި މައްސަލައަކީ 1984 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. ކުރޫޕްގެ ނަމުގައި އޮތް 8 ލައްކަ ރުޕީސްގެ އިންޝުއަރެންސް ފައިސާ ހޯދުމަށްޓަކައި، އޭނާއާ ވައްތަރު މީހަކު މަރާލުމަށްފަހު ކާރުގެ ތެރެއަށްލައި އަންދާލި ކަމަށް ތުހުމަތު ކުރެވެއެވެ. ގިނަ އަހަރުތަކެއް ވަންދެން ފުލުހުންނަށް ނުފެނި ފިލައިގެން އުޅޭ މި ކުށްވެރިޔާގެ ވާހަކައަށް ބިނާކޮށް 2021 ވަނަ އަހަރު 'ކުރޫޕް' ގެ ނަމުގައި ފިލްމެއްވެސް ވަނީ އުފައްދާފައެވެ.

    ކުރޫޕް މިހާރު މަރުވެފައިވާނެ ކަމަށް ބަލައި ފުލުހުން މި މައްސަލަ ނިންމާލަން އުޅެނިކޮށް ފެންމަތިވި މި ހަބަރާއެކު، ހޯމް މިނިސްޓަރު ރަމޭޝް ޗެންނިތަލާ ވިދާޅުވީ މިކަން އިތުރަށް ތަހުގީގު ކުރާނެ ކަމަށެވެ. އަދި އިންޓަޕޯލްގެ އެހީތެރިކަމާއެކު މިކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

    1984 ވަނަ އަހަރުގެ ޗަކޯގެ ގާތިލް

    އަބޫދާބީގެ ތެޔޮ ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ ކުރޫޕް، އޭނާގެޅިޔަނު ބާސްކަރަ ޕިއްލައި އާއި އިތުރު ބައެއްގެ އެހީގައި ކޭ.ޖޭ ޗަކޯ ނަމަކަށް ކިޔާ މީހަކު ވަގަށް ނަގައި މަރާލިއެވެ. ޗަކޯއަކީ ފިލްމު ހަދާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މަރާލީ ކުރޫޕްގެ ކާރުގެ ތެރޭގައި ބާއްވައި އަންދާލުމަށްފަހު، އެއީ ކުރޫޕް ކަމަށް ދެއްކުމަށެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓުން އެނގުނު ގޮތުގައި އެ މީހާ މަރުވީ ކާރުގައި ރޯކޮށްލުމުގެ ކުރިންނެވެ.

    މި ހާދިސާއަށް ފަހު ކުރޫޕް ފިލައިގެން ދިޔަ ނަމަވެސް، އޭނާއަށް އެހީތެރިވި މީހުން ހައްޔަރުކޮށް އުމުރަށް ޖަލަށްލެވުނެވެ. އޭގެ ފަހުން އެކި އަހަރުތަކުގައި އޭނާ ފެނުނު ކަމުގެ ރިޕޯޓްތައް ލިބުނު ނަމަވެސް، އޭނާ އަތުލައިގަނެވޭ ގޮތެއް ނުވިއެވެ.

    ފޮޓޯގެ ހަގީގަތް

    މިފަހަރު ޓީވީ ޗެނަލުން ދެއްކި ފޮޓޯއަކީ ކުރޫޕްގެ ފޮޓޯއެއް ކަމަށް ބުނި ނަމަވެސް، ތްރިސޫރަށް ނިސްބަތްވާ އާއިލާއަކުން ވަނީ އެއީ އެމީހުންގެ ތިމާގެ މީހެއް ކަމަށްވާ ދާމޯދަރަ މެނަން ކަމަށް ބުނެފައެވެ. ދާމޯދަރަ މެނަންއަކީ މީގެ 40 އަހަރު ކުރިން ގައުމުން ބޭރަށް ހިޖުރަކޮށް، މިހާރު މެލޭޝިއާގައި އާއިލާއާއެކު ދިރިއުޅެމުންދާ މީހެއް ކަމަށް އޭނާގެ ކޮއްކޮ ކަރުނާކަރަ މެނަން ބުންޏެވެ.

    ފުލުހުންގެ ތަހުގީގުން ވެސް މިހާތަނަށް ބެލެވޭ ގޮތުގައި އެ ފޮޓޯއިން ފެންނަނީ ދާމޯދަރަ މެނަންއެވެ. އޭނާއަކީ ބްރޫނާއީގައި ބަލިހާލަތުގައި އެކަނިވެފައި ހުރި މީހެއް ކަމަށާއި، އޭނާއަށް އެހީތެރިވުމަށް ބްރޫނާއީގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވެސް ވަނީ އެދިފައެވެ. އެހެންކަމުން، ކުރޫޕް ފެނުނު ކަމަށް ބުނާ ވާހަކައަކީ އަދިވެސް ކަށަވަރު ނުވާ ވާހަކައެކެވެ.           

    ]]>
    Sat, 29 Aug 2026 14:27:41 +0500 ނިއުސް ޑެސްކް
    މާބަޑު އަންހެނެއްގެ މަރާގުޅިގެން ދެ ޑޮކްޓަރުން ސަސްޕެންޑްކޮށްފި https://heerasnews.com/4542 https://heerasnews.com/4542 އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ ރޭވާގެ ހޮސްޕިޓަލެއްގައި މާބަނޑު އަންހެނަކާއި ބަނޑުގައި އޮތް ދަރިފުޅު މަރުވި ހާދިސާއާ ގުޅިގެން ދެ ޑޮކްޓަރުންނާއި ދެ ނާސިންގް އޮފިސަރުން ސަސްޕެންޑްކޮށްފިއެވެ. މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު މަރުވި ހާދިސާއާ ގުޅިގެން ދެ ޑޮކްޓަރުންނާއި ދެ ނާސިންގް އޮފިސަރުން ސަސްޕެންޑްކުރީ ރޭވާގެ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ.

    ދެ ޑޮކްޓަރުންނާއި ދެ ނަރުހުންނަށް ސަސްޕެންޝަންގެ ފިޔަވަޅު އަޅާފައިވަނީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށާއި ނުރަނގަޅު އަހުލާގެއް ދައްކާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. ހާދިސާ ތަހުގީގު ކުރުމަށް އިސް ޑޮކްޓަރުންގެ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލާފައެވެ.

    މި ހާދިސާ ހިނގާފައިވަނީ ރޭވާގެ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އާއިލާގެ ފަރާތުން ބުނެ ޝަކުވާ ހުށަހެޅުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެކަމަށް ފިޔަވަޅު އަޅާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އަންހެންމީހާ އެހީއަށް އެދި ގޮވަމުން ދިޔައިރު ހޮސްޕިޓަލުގެ މުވައްޒަފުން ތިބީ އޭނާގެ އަތުގައި ހިފަހައްޓައިގެންނެވެ.

    މަރުވި ކަލްޕަނާ މިޝްރާއަކީ ރޭވާ ޑިސްޓްރިކްޓްގެ ހަޓްވާ އަވަށަށް ނިސްބަތްވާ މީހެކެވެ. އޭނާ ހޮސްޕިޓަލުގެ ވިހާ ކޮޓަރިއަށް ވެއްދީ އޮގަސްޓް 26 ވަނަ ދުވަހުގެ ފަތިހު 2:38 ހާއިރުއެވެ. ނަމަވެސް އެ ދުވަހުގެ ރޭގަނޑު 11:55 ހާއިރު ފަރުވާ ދެމުން ދަނިކޮށް މައިމީހާގެ އިތުރުން ދަރިފުޅު ވެސް ވަނީ މަރުވެފައެވެ.

    ހޮސްޕިޓަލުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، އޭނާ ހޮސްޕިޓަލަށް ގެނައިއިރު ހާލަތު ވަރަށް ނާޒުކެވެ. އަދި އޭނާއަކީ ބަނޑަށް ދުވަސް ފުރިފައިވާ، "ސިވިއާ ޕްރީ-އެކްލޭމްޕްސިއާ" އާއި އެހެނިހެން ސިއްހީ މައްސަލަތައް ހުރި މީހެއްކަމަށް ފާހަގަކުރެވިފައިވެއެވެ. ހޮސްޕިޓަލުން ބުނާ ގޮތުގައި ފަރުވާ ކުރިއަށް ގެންގޮސްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

    އާއިލާގެ ޝަކުވާއާ ގުޅިގެން ހެލްތު ޑިޕާޓްމަންޓުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އިބްތިދާއީ ތަހުގީގަށް ފަހު، އިހުމާލުވި ކަމުގެ ތުހުމަތުގައި ވިހާ ކޮޓަރީގެ ޑޮކްޓަރު ސޯނަލް އަގަރްވާލް އާއި ހޭނައްތާ ޑޮކްޓަރު ނިދީ ޕާންޑޭ ވަނީ ސަސްޕެންޑްކޮށްފައެވެ. މީގެ އިތުރުން، އާއިލާއާ މެދު ބޭއަދަބީކޮށް އަމަލުކުރި ކަމުގެ ތުހުމަތުގައި ދެ ނާސިންގް އޮފިސަރުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

    އާއިލާގެ އެދުމުގެ މަތިން، މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ ޑިސްޓްރިކްޓް ހޮސްޕިޓަލާއި މެޑިކަލް ކޮލެޖުގެ ޓީމަކުން ގުޅިގެންނެވެ. އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު، ހަށިގަނޑު ވަނީ އަމިއްލަ އަވަށަށް ފޮނުވާލާފައެވެ.

    މި މައްސަލައާ ގުޅިގެން ޑެޕިއުޓީ ޗީފް މިނިސްޓަރު އަދި ހެލްތު މިނިސްޓަރު ރާޖެންދުރަ ޝުކްލާ ވަނީ ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފައެވެ. ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިހުމާލުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ބަލިމީހުންނާއި އާއިލާތަކަށް އިހުތިރާމާ އެކު މުއާމަލާތްކޮށް، ފަރުވާގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

    ތަހުގީގު ކޮމިޓީގެ ރިޕޯޓު ލިބުމުން، އޭގައިވާ ކަންކަމަށް ބަލައި އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން، ހާއްސަކޮށް މާބަނޑު މީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއި ޒިންމާދާރުކުރުވުމުގެ މުހިންމުކަން ވަނީ ފާހަގަވެގެން ގޮސްފައެވެ. 

    ]]>
    Sat, 29 Aug 2026 03:47:57 +0500 ނިއުސް ޑެސްކް
    ރޫހާނީފަރުވާގެ ނަމުގައި ޖިންސީ ގޯނާކުރި ފާދިރީއަކަށް ދަޢުވާ އުފުލައިފި https://heerasnews.com/4537 https://heerasnews.com/4537 ކެނެޑާގެ އޮޝާވާގައި ކުރިއަށްގެންދިޔަ ސިއްރު ރޫހާނީ ފަރުވާއެއްގެ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އެމެރިކާއަށް ނިސްބަތްވާ ހިންދޫ ފާދިރީއެއްގެ މައްޗަށް ކެނެޑާގެ ފުލުހުން ދައުވާ އުފުލައިފިއެވެ. މި މައްސަލަ ތަޙުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ އިތުރު ޝިކާރަތަކެއް ތިބެދާނެ ކަމަށް ބެލެވޭތީ، އެކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

    އޮންޓޭރިއޯގެ އޮޝާވާގައި ބޭއްވި ދީނީ ރަސްމިއްޔާތެއްގެ ތެރެއިން، އޭނާގެ ދީނީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމެރިކާގެ މި ފާދިރީ ވަނީ ހައްޔަރުކޮށްފައެވެ. ޑާހަމް ރީޖަނަލް ޕޮލިހުން ހާމަކުރި ގޮތުގައި، މި މީހާ ކެނެޑާއަށް ގެނައީ އާއިލާއަކުން އިސްނަގައިގެން ހިންދޫ ދީނީ ރަސްމިއްޔާތެއް ބޭއްވުމަށެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، އެ އާއިލާގެ އަންހެނަކީ ނުބައި ރޫހެއް އަވަލާފައިވާ މީހެއް ކަމަށާއި، އެކަމުން ސަލާމަތްވުމަށް ހާއްސަ ރޫހާނީ ފަރުވާއެއް ބޭނުންވާ ކަމަށް ބުނެ އޭނާ ވަނީ އެ އަންހެން މީހާއަށް އޮޅުވާލާފައެވެ.

    އީސްޓް ޑިވިޒަންގެ ފުލުހުން މި މައްސަލައިގެ ރިޕޯޓާ ގުޅިގެން ހާޒިރުވީ އޮގަސްޓް 25 ވީ އަންގާރަ ދުވަހު، ހާމަނީ ރޯޑް ނޯތު އަދި ކޮންލިން ރޯޑް އީސްޓް ސަރަޙައްދަށެވެ. ފުލުހުން ބުނި ގޮތުގައި އަނިޔާ ލިބުނު ފަރާތާއި އޭނާގެ އާއިލާއިން މި ފާދިރީ ގެނައީ ދީނީ ކަންކަން ފުރިހަމަކުރުމަށެވެ. ނަމަވެސް، އަންހެން މީހާގެ ހަށިގަނޑުގައި ނުބައި ރޫހެއްވާ ކަމަށް ބުނެ، އެކަމުން ޝިފާ ހޯދުމަށްޓަކައި އެކަހެރިކޮށް ރޫހާނީ ކަމެއް ކުރަންޖެހޭ ކަމަށް އޭނާ ވަނީ ވިސްނައިދީފައެވެ.

    ފުލުހުންގެ ބަޔާނުގައިވާ ގޮތުން، "ދީނީ ރަސްމިއްޔާތެއް ބޭއްވުމުގެ ނަމުގައި" އޭނާ އެ އަންހެން މީހާ އެކަހެރި ތަނަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެއެވެ. މިކަން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، އެއްވެސް ކުރިމަތިލުމަކާ ނުލައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

    ހައްޔަރުކުރެވުނު މީހަކީ ނިއުޔޯކްގެ ރިޗްމަންޑް ހިލްއަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ ރާޖެންދުރަނާތު ދޫދުނާތު މަރާޖްއެވެ. އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލައި، ބަންދާމެދު ގޮތެއް ނިންމުމަށް ވަނީ ކޯޓަށް ހާޒިރުކުރެވިފައެވެ.

    އިތުރު ޝިކާރަތަކެއް ތިބެދާނެ ކަމުގެ ބިރު 

    ޑާހަމް ރީޖަނަލް ޕޮލިހުން ވަނީ މި މައްސަލައިގެ ތަޙުގީގުގެ ތެރެއިން ތުހުމަތުކުރެވޭ މީހާގެ ފޮޓޯ އާންމުކޮށްފައެވެ. އަދި މިފަދަ އިތުރު ކަމެއް އެހެން ބަޔަކަށް ދިމާވެފައިވާނަމަ ނުވަތަ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އީސްޓް ޑިވިޒަންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބްރާންޗަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

    މީގެ އިތުރުން، ސިއްރުކޮށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް ޑާހަމް ރީޖަނަލް ކްރައިމް ސްޓޮޕާސް މެދުވެރިކޮށް ނުވަތަ އެ ފަރާތުގެ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ދެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ. މިފަދަ މަޢުލޫމާތު ދޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ލިބުމުގެ ފުރުޞަތު އޮތް ނަމަވެސް، ކޯޓުން ވަކި ގޮތެއް ނިންމަންދެން މި ތުހުމަތުތަކަކީ އަދި ސާބިތުވެފައިވާ ކަންތައްތަކެއް ނޫން ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. 

    ]]>
    Thu, 27 Aug 2026 11:48:02 +0500 ނިއުސް ޑެސްކް
    އަލިފާނުގެ ހާދިސާއެއްގައި 14 ތުއްތު ކުދިން މަރުވެއްޖެ https://heerasnews.com/4533 https://heerasnews.com/4533 ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީ.އައި.އެމް.އެސް) ގެ ނާސަރީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 14 ތުއްތު ކުދިން މަރުވެއްޖެއެވެ. ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެއަރކޮންޑިޝަނަރެއްގެ ކޮމްޕްރެސަރެއް ގޮވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. މި ހިތާމަވެރި ހާދިސާއާއި ހޮސްޕިޓަލުގެ ސަލާމަތީ ކަންކަން ހުރިގޮތް ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

    ޕާކިސްތާނުގެ މީޑިއާތަކުން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އެ ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ވޯޑުގައެވެ. ހޮސްޕިޓަލުގެ އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި، އަލިފާން ރޯވި ވަގުތު ނާސަރީގައި 15 ތުއްތު ކުދިން ތިއްބެވެ. އޭގެ ތެރެއިން ވަގުތުން ސަލާމަތް ކުރެވުނީ އެންމެ ކުއްޖެކެވެ. އެހެން ހުރިހާ ކުދިން ވަނީ މި ހާދިސާގައި މަރުވެފައެވެ.

    ރެސްކިއު ޓީމުތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހެނދުނު ގާތްގަނޑަކަށް 06:45 ހާއިރުއެވެ. ޕާކިސްތާނުގެ ޖިއޯ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލިފާން ރޯވީ އެއަރކޮންޑިޝަނަރެއްގެ ކޮމްޕްރެސަރު ގޮވުމުގެ ސަބަބުންނެވެ. އަލިފާން ނިއްވާ ފަރާތްތަކުން ވަގުތުން ހަރަކާތްތެރިވެ، އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. އަލިފާން ނިއްވުމަށްފަހު، އަލުން އަލިފާން ރޯވިޔަ ނުދިނުމަށްޓަކައި އެ ސަރަހައްދު ފިނިކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

    ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި، ހޮސްޕިޓަލުގެ މަދަރ އެންޑް ޗައިލްޑް ހެލްތު (އެމް.ސީ.އެޗް) ވޯޑުގެ ތިންވަނަ ފަންގިފިލާގައި ރޯވި މި އަލިފާނުގައި 14 ކުއްޖަކު ވަނީ މުޅިން އަނދައިގެން ގޮސްފައެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ރެސްކިއު ޓީމުތަކުން ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. މި މަސައްކަތުގައި ފަޔަރ ބްރިގޭޑުގެ 6 ވެހިކަލަކާއި 4 އެމްބިއުލަންސް ބޭނުންކޮށްފައިވެއެވެ.

    ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ސަލާމަތީ ކަންކަމާ މެދު ވަނީ ސީރިއަސް ސުވާލުތަކެއް އުފެދިފައެވެ. ވަކިން ހާއްސަކޮށް، ރައްކާތެރިކަން އެންމެ ބޮޑަށް ބޭނުންވާ ތުއްތު ކުދިން ބައިތިއްބާ ވޯޑެއްގައި މިފަދަ ކަމެއް ހިނގުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

    ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށްޓަކައި އެޑިޝަނަލް ޑެޕިއުޓީ ކޮމިޝަނަރު އިސްކޮށް ހުންނަވާ ތަހުގީގީ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލާފައެވެ. މި ތަހުގީގުގައި ކުދިން މަރުވާން މެދުވެރިވި ހާލަތްތަކާއި، ކުއްލި ހާލަތުގައި ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތް ބަލާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާގެ އިތުރު ތަފްސީލާއި ތަހުގީގީ ރިޕޯޓުގެ ނަތީޖާއަށް މިހާރު ދަނީ އިންތިޒާރު ކުރަމުންނެވެ.

    ]]>
    Wed, 26 Aug 2026 18:10:07 +0500 ނިއުސް ޑެސްކް
    މިސް ޕޫނޭ ޓްވިޝާ ޝަރުމާ މަރުވީ ދަންޖެހިގެން https://heerasnews.com/4528 https://heerasnews.com/4528 މިސް ޕޫނޭ އަދި މަޝްހޫރު ފިލްމީ ބަތޮލާ ޓްވިޝާ ޝަރްމާގެ ހަޔާތުގެ އެންމެ ފަހު ވަގުތުތަކުގެ ތަފްސީލު ހިމަނައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި) އިން ވަނީ 600 ސަފުހާގެ ޗާޖުޝީޓެއް ހުށަހަޅާފައެވެ. މި ލިޔުމުގައި ޓްވިޝާގެ ފިރިމީހާ ސަމަރުތު ސިންގް އާއި މައިދައިތަ ގިރިބާލާ ސިންގްގެ މައްޗަށް ވަނީ، ޓްވިޝާއަށް މެދުނުކެނޑި ނަފްސާނީ އަނިޔާދީ އޭނާ އަމިއްލައަށް މަރުވުމަށް ބާރުއެޅިކަމުގެ ތުހުމަތުކޮށްފައެވެ.

    އޯގަސްޓް 14 ގައި ހުށަހެޅި މި ޗާޖުޝީޓުގައި، މޭ 12 ވަނަ ދުވަހު ޓްވިޝާ މަރުވުމާ ހަމައަށް ހިނގި ކަންތައްތައް ވަޓްސްއަޕް މެސެޖުތަކާއި، ފޯން ކޯލްތަކާއި، ސީ.ސީ.ޓީ.ވީ ފުޓޭޖާއި، ކައުންސެލިން ސެޝަންތަކާއި އަދި އާއިލާގެ ބަޔާންތަކުގެ އެހީގައި ވަނީ ތަރުތީބުކޮށްފައެވެ.

    އެރޭގެ 9:36 ގައި ޓްވިޝާ އޭނާގެ ފަހަރި ރާޝީ އަބްރޯލްއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އޭނާގެ ފިރިމީހާ ކައިރީގައި އޭނާގެ އަންހެނުންގެ ހަށިގަނޑާ ހަވާލުވުމަށް ބުނުމަށާއި، ނަމަވެސް އެކަން މާދަމާ ކުރުމަށެވެ. އަދި މިވަގުތު އޭނާ ހިތްހަމަޖެހުމާއެކު މަރުވިޔަދިނުމަށް އެދިފައިވެއެވެ. އޭގެ ހަތަރު މިނެޓު ފަހުން، ޓްވިޝާ އެކަނިމާ އެކަނި ގޭގެ ތިރީ ފަންގިފިލާއިން ޓެރަހަށް އަރަން ދާ މަންޒަރު ސީ.ސީ.ޓީ.ވީ އިން ފެންނަން ހުރި ކަމަށް ސީ.ބީ.އައި އިން ބުނެއެވެ.

    9:41 ގައި ޓްވިޝާ ރޮމުން އޭނާގެ ބައްޕައަށް ގުޅައި، ސަމަރުތު ވަރަށް ބޮޑަށް ރުޅިގަދަވެ އަނިޔާވެރިވަމުންދާ ކަމަށާއި، އޭނާ ހުރީ ވަރަށް ބިރުގެންފައި ކަމަށް ބުނެ، ވަގުތުން އައުމަށް އެދިފައިވެއެވެ. 10:05 ހާއިރު މަންމައަށް ގުޅައިވެސް މި ޝަކުވާތައް ތަކުރާރުކުރިއެވެ. 10:23 ހާއިރު ސަމަރުތު އާއި އޭނާގެ މަންމަ ޓެރަހާ ދިމާލަށް ދާ މަންޒަރު ސީ.ސީ.ޓީ.ވީ އިން ފެނެއެވެ.

    އޭގެ ފަހުން ޓްވިޝާ ތިރިއަށް ބާލައިގެން އެއިމްސް ބޯޕާލް ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާ މަރުވެފައިވާ ކަމަށް 10:55 ހާއިރު ޑޮކްޓަރުން ކަނޑައެޅިއެވެ.

    ސީ.ބީ.އައި އިން ހާމަކުރި ގޮތުގައި، ކުރިން އެކްޓްރެސްއެއްގެ ގޮތުގައި މަސައްކަތްކުރި އަދި "މިސް ޕޫނޭ" ގެ ލަގަބު ހޯދާފައިވާ ޓްވިޝާއަށް ސަމަރުތު ދިމާވީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮންލައިން އެޕްލިކޭޝަނެއްގެ ތެރެއިންނެވެ. އެއަހަރުގެ ޑިސެމްބަރު 9 ގައި އެމީހުން ކައިވެނިކުރިއެވެ.

    ކައިވެންޏަށްފަހު، ކައިވެނީގެ ކުރިން އޭނާ ބޭއްވި ގުޅުންތަކާ ބެހޭގޮތުން ސަމަރުތު މެދުނުކެނޑި ޓްވިޝާގެ އަބުރަށް ހުތުރުވާފަދަ ވާހަކަތައް ދައްކާ ނަފްސާނީ އަނިޔާ ދެމުންދިޔަ ކަމަށް ސީ.ބީ.އައި އިން ތުހުމަތުކުރެއެވެ. އަދި މިފަދަ ކަންކަމުގައި މައިދައިތަ ގިރިބާލާ އަބަދުވެސް ދަރިފުޅުގެ ކޮޅަށް ޖެހި، ޓްވިޝާއަށް އިތުރު ދަތިތައް ކުރިމަތިކުރި ކަމަށްވެއެވެ.

    ޓްވިޝާ ބަނޑުބޮޑުކަން އެނގުނީ 2026 ވަނަ އަހަރުގެ އޭޕްރީލް 16 ގައެވެ. ނަމަވެސް ސަމަރުތުގެ އިހާނެތި އަމަލުތަކުގެ ސަބަބުން އެ ދަރިފުޅު ބައިގެންދިއުމާ މެދު އޭނާ ހުރީ ދެބަދޭތެރޭގައެވެ. މީގެ އިތުރުން، ޓްވިޝާގެ މިލްކިއްޔާތުގައި ހުރި 20 ލައްކަ ރުޕީސްގެ އިންވެސްޓްމަންޓްތައް، ދެމަފިރިންގެ ޖޮއިންޓް އެކައުންޓަކަށް ބަދަލުކުރުމަށް ސަމަރުތު އާއި މައިދައިތަ ޕްރެޝަރު ކުރި ކަމަށްވެސް ތަހުގީގަށް ވަނީ އެނގިފައެވެ. ނަމަވެސް އެއީ އޭނާގެ ބައްޕަގެ ފައިސާ ކަމަށް ބުނެ ޓްވިޝާ އެކަމަށް އިންކާރުކުރިއެވެ.

    އޭޕްރީލް 30 ގައި ޓްވިޝާ އޭނާގެ މަންމައަށް ގުޅައި، އޭނާގެ ދިރިއުޅުން "ނަރަކައަކަށް" ވެފައިވާ ކަމަށާއި، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިވެފައިވާ ކަމަށް ބުންޏެވެ. ފަހުން އޭނާ ސައިކިއޭޓްރިސްޓަކަށް ދެއްކުމުން، ބަނޑުބޮޑުވުމާ ގުޅިގެން އޭނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެ، ބިރުގެންފައިކަން ފާހަގަކުރެވުނެވެ.

    މޭ 7 ވަނަ ދުވަހު ޓްވިޝާ ދަރިފުޅު ވައްޓާލުމަށް ބޭސް ބޭނުންކުރިއެވެ. މިކަމާ ގުޅިގެން މައިދައިތަ އޭނާއާ ދިމާލަށް ތިން ފަހަރެއްގެ މަތިން "ގާތިލެއް" ކަމަށް ބުނެ ހަޅޭއްލެވި ކަމަށް ޓްވިޝާ ބުނެފައިވެއެވެ. އަދި ބޭހުގެ ސަބަބުން ލިބެމުންދިޔަ ތަދާއި ވޭނަކީ "ޑްރާމާއެއް" ކަމަށް ސަމަރުތު ބުނި ކަމަށްވެސް އޭނާ ޝަކުވާކުރިއެވެ.

    މަރުވި ދުވަހު (މޭ 12) ޓްވިޝާ ނިންމީ ބޯޕާލް ދޫކޮށް ދިއުމަށެވެ. އެދުވަހު ހެނދުނު ދެމަފިރިން ކައުންސެލިންއަށް ދިޔަ ނަމަވެސް، އެކަމުން އެދެވޭ ނަތީޖާއެއް ނުނިކުތެވެ. ރޭގަނޑު 9:20 ހާއިރު ޓްވިޝާ ރޮމުން އޭނާގެ ފަހަރިއަށް ގުޅައި، ސަމަރުތު އަނިޔާވެރިވަމުންދާ ކަމަށް ބުންޏެވެ. އަދި 9:36 ގައި "ހިތްހަމަޖެހުމާއެކު މަރުވިޔަދީ" އޭ ބުނެ މެސެޖު ފޮނުވިއެވެ.

    ޓްވިޝާގެ ހަށިގަނޑު ދެ ފަހަރެއްގެ މަތިން ޕޯސްޓްމޯޓަމް ހެދިއެވެ. ފަހުން ހެދި ތަހުގީގުތަކުން ކަށަވަރުވީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ސީ.ބީ.އައި އިން ބުނާ ގޮތުގައި މިއީ ސީދާ މީހަކު މަރާލި މައްސަލައެއް ނޫން ނަމަވެސް، މިއީ ދިގު މުއްދަތަކަށް ދިން ނަފްސާނީ އަނިޔާތަކުގެ ސަބަބުން، އަމިއްލައަށް މަރުވުން ނޫން އެހެން ގޮތެއް ނެތިގެން ކުރި ކަމެކެވެ.

    މި މައްސަލައިގެ ތަހުގީގު އަދިވެސް މުޅިން ނުނިމެއެވެ. ޓްވިޝާގެ އައިފޯނުން މައުލޫމާތު ނެގުމުގެ މަސައްކަތާއި، ސީ.ސީ.ޓީ.ވީ ފުޓޭޖްތަކަށް ބަދަލު ގެނެސްފައިވޭތޯ ބެލުމުގެ މަސައްކަތް ފޮރެންސިކް ލެބޯޓްރީގައި ދަނީ ކުރެވެމުންނެވެ. އަދި ރަންކިއުމާ ގުޅޭ ތުހުމަތުތައް އިތުރަށް ތަހުގީގު ކުރުމުގެ ހުއްދައަށް ސީ.ބީ.އައި އިން ވަނީ އެދިފައެވެ.

    ]]>
    Mon, 24 Aug 2026 23:07:42 +0500 ނިއުސް ޑެސްކް
    ކޮކްރޮޗުން ބެންގާލަށް ގަދަކޮށް ބީޖޭބީ ހޫނުފެނަށް https://heerasnews.com/4527 https://heerasnews.com/4527 ބެންގަލްގެ އިދިކޮޅު ސިޔާސީ މައިދާނަށް ވަނުމަށް ސީ.ޖޭ.ޕީ އިން މަސައްކަތް ކުރަމުން ދަނީ، އެ ސަރަހައްދުގައި ޓީ.އެމް.ސީ ބައިބައިވެ ބަލިކަށިވެ، ކޮންގްރެސް އާއި ލެފްޓް ޕާޓީތަކުގެ ނުފޫޒު ކުޑަވެފައިވާ ދަނޑިވަޅެއްގައެވެ.

    ސްކޫލްތައް ބަލައި ފާސްކުރުމުގެ ކެމްޕޭނެއްގެ ތެރެއިން ހިނގި ހާދިސާއެއްގައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ވޮލަންޓިއަރެއްގެ ބައްޕަ، މަރުވުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާއެކު، އަބީޖީތު ދިޕްކޭ އިސްކޮށް ހުންނަވާ އެ ޖަމާއަތަށް ހުޅަނގު ބެންގަލްގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މިހާރު ސީ.ޖޭ.ޕީ އިން ރާވަމުންދަނީ އެ ސަރަހައްދުގައި ފުޅާވެ، ދާދިފަހުން އިންތިހާބުވި ބީ.ޖޭ.ޕީ ސަރުކާރާ ދެކޮޅަށް ތެދުވުމަށެވެ.

    ސީ.ޖޭ.ޕީ އިން މި މަސައްކަތް ފަށާފައިވަނީ ބެންގަލްގެ މައި އިދިކޮޅު ޕާޓީ، ތުރިނަމޫލް ކޮންގްރެސް (ޓީ.އެމް.ސީ) ބަލިކަށިވެފައިވާ ވަގުތެއްގައެވެ. އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބީ.ޖޭ.ޕީ އާ ގުޅިފައިއެވެ. އަނެއް ބަޔަކު ވަނީ ވަކި ޖަމާއަތްތަކެއް އުފައްދާފައެވެ. ކޮންގްރެސް އާއި ސީ.ޕީ.އައި(އެމް) ގެ ނުފޫޒުވެސް މަޖިލީހުގައި ވަރަށް ކުޑަވެފައިވާއިރު، ބީ.ޖޭ.ޕީ އާ ދެކޮޅަށް ވަރުގަދަ ހަރަކާތެއް ހިންގޭ ފަދަ މަގާމެއްގައި އެ ފަރާތްތަކެއް ނެތެވެ.

    ސީ.ޖޭ.ޕީ ގެ އެކްޓިވިސްޓް އަބްދުލް ހާފިޒްގެ ބައްޕަ، ޝެއިހު މުހައްމަދު މާފިގް މަރުވުމާ ގުޅިގެން، އެ ޖަމާއަތުން ވަނީ ސުވެންދު އަދިކާރީ އިސްކޮށް ހުންނަވާ ބީ.ޖޭ.ޕީ ސަރުކާރަށް އަމާޒުކޮށް، ބެންގަލްގެ އިދިކޮޅު ސިޔާސީ ހުސްކަން ފޫބައްދަން ފަށާފައެވެ.

    "އަހަރެމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އަބްދުލްއަށް އިންސާފު ހޯދައިދިނުމަށް. އަހަރެމެން އެދެނީ ހަމައެކަނި ކުށްވެރިން ހައްޔަރުކުރުމެއް ނޫން، އޭނާގެ ބައްޕަގެ ނަމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްކޫލެއް ގާއިމުކުރުމަކީވެސް އަހަރެމެންގެ ޑިމާންޑެއް. އަބްދުލް ވަނީ ބަދަލު ހޯދުމަށް އިންކާރުކޮށް، އޭނާގެ އަވަށުގައި ބައްޕަގެ ނަމުގައި ރަނގަޅު ފެންވަރުގެ ސްކޫލެއް ސަރުކާރުން އަޅައިދިނުމަށް އެދިފައި،" ކަލްކަތާގައި ހުންނަވާ ސީ.ޖޭ.ޕީ ގެ އިސް މެންބަރެއް ކަމަށްވާ ދެދިޕްޔާ ގަންގޫލީ ވިދާޅުވިއެވެ.

    ގަންގޫލީ އިތުރަށް ވިދާޅުވީ، މި މައްސަލަ ހައްލުވުމުން ބެންގަލްގައި 'ސްކޫލް ތިކް ކަރޯ' (ސްކޫލްތައް އިސްލާހުކުރޭ) ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށައި، ޖަމާއަތް ފުޅާކުރާނެ ކަމަށެވެ. އަދި ބޭނުމަކީ ބެންގަލްގެ ސްކޫލްތަކުގެ ހާލަތު ދަށްވެފައިވާ މިންވަރު ހާމަކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ސީ.ޖޭ.ޕީ ގެ އަމާޒަކީ ތައުލީމީ ދާއިރާގައި ހުރި އުނިކަންތައްތައް ފާހަގަކުރުން ކަމަށާއި، އެއީ އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަށް ކުރާ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. "އަހަރެމެން ބޭނުމީ ސްކޫލްތަކަށް ޒިޔާރަތްކޮށް، ސާވޭކޮށް، އެތަންތަނުގެ ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނައުން. ތަރައްގީ ގެނައުމަކީ ސަރުކާރުގެ ޒިންމާއެއް. އަހަރެމެން މިއުޅެނީ ކުރިމަތިލުމަކަށް ދާކަށް ނޫން،" ގަންގޫލީ ވިދާޅުވިއެވެ.

    ސީ.ޖޭ.ޕީ އެކްޓިވިސްޓަށް ދިން ހަމަލާ

    ސީޖޭޕީން ބަންގާޅަށް ވަނުމުގެ ކުރިން، ބަންކުރާ ޑިސްޓްރިކްޓްގެ ކޮރިސުންޑާ އަވަށަށް ނިސްބަތްވާ ވޮލަންޓިއަރު އަބްދުލް ހާފިޒް ވަނީ ޖޫން-ޖުލައި މަހު ދިއްލީގެ ޖަންތަރު މަންތަރުގައި ބޭއްވި މުޒާހަރާތަކުގައި ބައިވެރިވެފައެވެ. އެ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހިންގި ހަރަކާތްތަކާވެސް އޭނާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

    އެނބުރި ރަށަށް އައުމަށްފަހު، ސީޖޭޕީގެ 'ސްކޫލް ތިކް ކަރޯ' ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮރިސުންޑާގައި ހުރި ސަރުކާރުގެ ބަނގުރޫޓުވެފައިވާ ޕްރައިމަރީ ސްކޫލެއްގެ ވީޑިއޯއެއް އަބްދުލް ރެކޯޑްކުރިއެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ އާންމުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އޮގަސްޓް 13 ވަނަ ދުވަހު، އަބްދުލް އެ ސްކޫލަށް ދިޔަ މައްސަލައިގައި ހިތްހަމަނުޖެހިފައި ތިބި ބަޔަކު އޭނާގެ އާއިލާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވެއެވެ.

    ދިއްލީގައި ބޭއްވި މުޒާހަރާތަކަށްފަހު އެނބުރި އައީއްސުރެ އިންޒާރުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނާ ހާފިޒް ބުނި ގޮތުގައި، އެ ހަމަލާދިން މީހުންނަކީ ބީޖޭޕީއާ ގުޅުން އޮތް ބައެކެވެ. ނަމަވެސް، ހާފިޒްގެ ބައްޕަ ޝެއިހު މުހައްމަދު މަފީގް މަރުވީ އެ ހަމަލާގެ ސަބަބުން ކަމަށް ބުނެ ކުރާ ދައުވާތަކަކީ އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ހުޅަނގު ބަންގާޅުގެ ފުލުހުން ވަނީ ބުނެފައެވެ.

    ފުލުހުން ހާމަކުރި ގޮތުގައި، އޭނާ ބުރުދުވާން މެޑިކަލް ކޮލެޖުގައި އެޑްމިޓްކުރީ އޮގަސްޓް 15 ވަނަ ދުވަހު ލޭގެ ޕްރެޝަރު އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުންނެވެ. މަފީގް މަރުވީ އެރޭގެ ވަގުތެއްގައެވެ.

    މި ހާދިސާއާ ގުޅިގެން ސީޖޭޕީގެ ޓީމަކުން އަބްދުލްގެ ގެއަށް ޒިޔާރަތްކޮށް، އެ ޖަމިއްޔާގެ ވޮލަންޓިއަރަށް ދިން ހަމަލާއާއި އޭނާގެ ބައްޕަގެ މަރާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލިއެވެ. މި މައްސަލައިގައި ފުލުހުން ވަނީ އަށް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ފުރަތަމަ އެފްއައިއާރުގައި ނަން ހިމެނޭ ތިން މީހަކާއި އިތުރު ފަސް މީހަކު ހިމެނެއެވެ. އަދިވެސް ދެ މީހަކު ފިލައިގެން އުޅޭއިރު، އަބްދުލްގެ ގޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ހަމަޖައްސާފައެވެ.

    ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި، މަފީގްގެ މަރާ ގުޅިގެން ފިޔަވަޅު އެޅުމަށް ސީޖޭޕީން ވަނީ 10 ދުވަހުގެ މުހުލަތެއް ދީފައެވެ. އެ މުއްދަތުގެ ތެރޭގައި އެދިފައިވާ ކަންކަމަށް އަމަލީ ފިޔަވަޅެއް ނާޅައިފިނަމަ، ބަންކުރާގެ ޑީއެމް އޮފީސް ދޮށުގައި މުޒާހަރާކޮށް އެތަން ވަށާލާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

    ސީޖޭޕީގެ ބުކިންތައް ކެންސަލްކުރުން

    ޖަންތަރު މަންތަރުގައި ފުލުހުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި ހަރަކާތްތަކަށްފަހު، ކަލްކަތާގައި މުޒާހަރާ ކުރުމުގެ ހުއްދައަށް ސީޖޭޕީން ތިން ފަހަރެއްގެ މަތިން އެދުނެވެ. ނަމަވެސް ކަލްކަތާ ފުލުހުން އެ ހުރިހާ ހުއްދައެއް ދިނުމަށް އިންކާރު ކުރުމުން، އެ ޖަމިއްޔާގެ މެންބަރުންނަށް ޖެހުނީ އެހެން މުޒާހަރާ ކުރާ މީހުންނާ އެކު އެމީހުންގެ ބެނާތަކާ ނުލައި ބައިވެރިވާށެވެ. މި ދަނޑިވަޅުގައި ބައެއް ނޫސްވެރިންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ހަމަލާތަކެއް އަމާޒުވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

    އަބްދުލްގެ ބައްޕަގެ މަރާ ގުޅިގެން، ސީޖޭޕީގެ އިސް ވެރިން ކަމަށްވާ އަޝުތޯޝް ރަންކާ ފަދަ ބޭފުޅުން އޮގަސްޓް 18 ގައި ބަންގާޅަށް ޒިޔާރަތްކުރެއްވީ އެ ސްޓޭޓްގެ މެންބަރުންނާ ބައްދަލުކުރެއްވުމަށެވެ. ނަމަވެސް، ހަ ތަނަކުން ވަނީ އެ ބައްދަލުވުން ބޭއްވުމަށް ފުރުސަތު ދިނުމަށް އިންކާރުކޮށް ނުވަތަ ބުކިންތައް ކެންސަލްކޮށްފައެވެ.

    ފަހުން އެބޭފުޅުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ކަލްކަތާ ޕްރެސް ކްލަބުން ބޭރުގައި މަގުމަތީގައެވެ. އެއީ އެތެރޭގައި ފެންބޮޑުވުމާއި ކަރަންޓުގެ ހިދުމަތް ނެތުމުގެ ސަބަބުން ކަމަށް ބުންޏެވެ. އަދި އެތެރޭގެ ބައްދަލުވުމަކަށް ބުކްކުރި އެހެން ތަނެއް ކެންސަލްކުރީ، އެތަނުގެ މެނޭޖްމަންޓަށް ބީޖޭޕީގެ ފަރާތުން ފިއްތުންތައް ކުރިމަތިވުމުން ކަމަށްވެސް ސީޖޭޕީން ތުހުމަތުކުރިއެވެ.

    ނޫސްވެރިންނާ ވާހަކަ ދައްކަމުން ސީޖޭޕީގެ މެންބަރު ސުނިލް ކުމާރު ތިވާރީ ބުނީ، އޮގަސްޓް 17 ގައި ހޯލެއް ބުކްކުރުމަށް ވާހަކަ ދެކެވި، އަނެއް ދުވަހު ފައިސާ ދައްކައި ބުކިން ނިންމަން ދިޔުމުން އެކަން ކުރަން އެތަނުން އިންކާރުކުރި ކަމަށެވެ. އަދި އޭގެ ފަހުން ދިޔަ އެހެން ތަންތަނުންވެސް ކުރިމަތިވީ ހަމަ އެފަދަ ނަތީޖާއަކާ ކަމަށް އޭނާ ބުންޏެވެ.

    ބީޖޭޕީގެ ލީޑަރުން އެ ތަންތަނަށް ފިއްތުންތައް ކުރިމަތިކުރި ކަމުގެ އެއްވެސް ހެއްކެއް އެބައޮތްތޯ ސުވާލުކުރުމުން އޭނާ ބުނީ، އެފަދަ ސީދާ މުއާމަލާތެއް ނެތް ނަމަވެސް، އެއީ "މަތިން" އައި ފިއްތުންތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

    އަޝުތޯޝް ރަންކާ ތުހުމަތުކުރި ގޮތުގައި، ބައްދަލުވުންތައް ބޭއްވުމަށް ހުއްދަ ދީފިނަމަ ފިޔަވަޅު އެޅިދާނެތީ ނުވަތަ ހަމަލާއެއް އަތުވެދާނެތީ ތަންތަނުގެ ވެރިން ތިބީ ބިރުންނެވެ. ނަމަވެސް މި ތުހުމަތުތައް މިނިވަންކަމާއެކު ކަށަވަރު ކުރެވިފައެއް ނުވެއެވެ.

    މި މައްސަލަތައް ފެންމަތިވެފައިވަނީ އޮގަސްޓް 13 ގައި އަބްދުލްގެ އާއިލާއަށް ދިން ހަމަލާއާ ގުޅިގެން ސީޖޭޕީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައެވެ. ސީޖޭޕީގެ މެންބަރު ސުދީރު ސަންގްވާން ތުހުމަތުކުރި ގޮތުގައި، އެ ހަމަލާގައި ބައިވެރިވި މީހުންނަކީ ބީޖޭޕީއާ ގުޅުން އޮތް ބައެކެވެ. އެކަން ސާބިތުކޮށްދޭނެ ފޮޓޯއާއި ހެކި އެބަހުރި ކަމަށްވެސް އޭނާ ބުންޏެވެ.

    ބީޖޭޕީގެ ރާޖްޔާ ސަބާ މެންބަރު ރާހުލް ސިންހާ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންފުޅެއް ނުވިއެވެ. "ސީޖޭޕީއާ ބެހޭގޮތުން ވާހަކަ ދައްކާނެ ވަގުތެއް އަހަރެމެންގެ ނެތް،" އޭނާ ވިދާޅުވިއެވެ.

    ސީޕީއައި(އެމް) ގެ ލީޑަރު މަޔޫކް ބިސްވާސް ވިދާޅުވީ، ތައުލީމާއި ސިއްހަތު ފަދަ އަސާސީ ހިދުމަތްތަކަށް ރައްޔިތުން އެދެން ފެށުމުން ބީޖޭޕީ އޮތީ ބިރުން ކަމަށެވެ. އަދި ދީނީ އަދި ފިތުނަވެރި ސިޔާސަތުތައް އޮބެމުންދާތީ، އެއީ ބަންގާޅާއި މުޅި އިންޑިއާގައިވެސް ބީޖޭޕީގެ ލީޑަޝިޕަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.                   

    ]]>
    Mon, 24 Aug 2026 07:55:34 +0500 ނިއުސް ޑެސްކް
    އަގުބޮޑު ހޮޓާތަކުގައި ދިރިއުޅޭ ތަޖުރިބާކާރު ވަގަކު ރިޓަޔަރޑް ޓީޗަރަކު މަރާލައިފި https://heerasnews.com/4526 https://heerasnews.com/4526 ދެކުނު އިރުމަތީ ދިއްލީގެ ޖަންގްޕޫރާގައި ހުންނަ ގޭގެ ތެރޭގައި އުމުރުން 69 އަހަރުގެ ރިޓަޔަރޑް ޓީޗަރަކު މަރާލިތާ އެއްދުވަސް ފަހުން، އެކަން ކުރި މީހާ ދެނެގަނެވިފައިވާ ކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ސުވާލުކުރުމަށް ހޮނިހިރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

    ޕްރީތީ ކުމާރީ މަރުވެފައި އޮއްވާ އޭނާގެ ދަރިފުޅަށް ފެނުނީ ހުކުރު ދުވަހުގެ ހެނދުނު އެނދުމަތީގައި އޮއްވައެވެ. އޭނާ ފެނުނުއިރު އަތް އޮތީ ބަނދެފައެވެ. އަދި މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ.

    ފުލުހުން ބުނާ ގޮތުގައި، ވައްކަން ކޮށްފައިވާ ގޮތަށް ބަލާއިރު މިކަމުގައި ތުހުމަތުކުރެވޭ މީހާއަކީ މީގެ ކުރިން ވެސް މިފަދަ އެހެން ކުށްތަކެއްގައި ބައިވެރިވެފައިވާނެ މީހެއް ކަމަށް ބެލެވެއެވެ. "މޫނު ނިވާކޮށްގެން ހުރި މި މީހާ މިހާރު ވަނީ ދެނެގަނެވިފައި. މިއީ ވައްކަން ކުރުމުގެ ތަޖުރިބާހުރި، އަގުބޮޑު ހޮޓާތަކުގައި ދިރިއުޅޭ މީހެއް،" ފުލުހުންގެ އޮފިސަރަކު ވިދާޅުވިއެވެ.

    ޕްރީތީ ކުމާރީ މަރުވެފައި އޮއްވާ އޭނާގެ ދަރިފުޅަށް ފެނުނީ ހުކުރު ދުވަހުގެ ހެނދުނެވެ. ޕްރީތީއަކީ ޕާންޓް ނަގަރުގެ ފުލުހުންގެ ބޫތަކާ 100 އެއްހާ މީޓަރު ދުރުގައި ހުންނަ އިމާރާތެއްގެ ތިރީބައިގައި އެކަނި ދިރިއުޅެމުންދިޔަ މީހެކެވެ. ފުލުހުން ލަފާކުރާ ގޮތުގައި މި ހަމަލާ ދީފައިވަނީ ފަތިހު 3 ޖެހުމާއި 4 ޖެހުމާ ދެމެދުގައެވެ.

    ވަގުކަލޭގެ އެ ގެއިން ފޯނަކާއި "ގިނަ އަދަދެއްގެ" ރަން ގަހަނާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ހަމަލާ ދިން މީހާއަށް ޕްރީތީގެ ދިރިއުޅުމުގެ އާދަކާދަތައް ވަރަށް ރަނގަޅަށް އެނގެއެވެ.

    ކޮންމެ ދުވަހަކު ހެނދުނު ޕްރީތީ ސައި ތައްޔާރުކޮށްގެން ބޭރަށް ނުކުމެ، މަގުމަތީގައި އުޅޭ މީހުންނަށް ސައި ބެހުމަށްފަހު، އޭނާ ހިލޭސާބަހަށް މަސައްކަތްކުރާ ކުލިނިކަށް ދިއުމަކީ އާންމުކޮށް އޭނާ ކުރާ ކަމެކެވެ.

    ފުލުހުން ބުނި ގޮތުގައި، މޫނު ނިވާކޮށްގެން ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެން ހުރި މި މީހާ، ޕްރީތީ ދޮރު ހުޅުވާނެ ވަގުތަކަށް ވަރަށް ކެތްތެރިކަމާއެކު ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. ގެއަށް ވަދެފައިވަނީ ދޮރު ހަލާކުކޮށްލައިގެން ނޫން ކަމަށާއި، އެ އިމާރާތުގެ ތިރީބައިގައި ހުރި އެހެން ހުރިހާ ގެއެއްގެ ދޮރުތައް ވެސް ބޭރުން ތަޅުލާފައި ހުރި ކަމަށް ފުލުހުން ފާހަގަކުރިއެވެ.

    "ބެލެވޭ ގޮތުގައި މި މީހާ ގެއަށް ވަދެފައިވަނީ ގޭގެ ކުރިމަތީގައި އޮންނަ ޕާކާ ދިމާލުން. ފާއިތުވި 10 ދުވަހު އެ ސަރަހައްދަށް ޒިޔާރަތްކުރި 10 އަށްވުރެ ގިނަ މީހުންނާ މިހާރު ވަނީ ސުވާލުކުރެވިފައި،" އޮފިސަރު ވިދާޅުވިއެވެ. "ގޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއިން އެ މީހާ ފެނުނު ނަމަވެސް، ކެމެރާ ކުރިމަތީގައި ގަސްތަކެއް ހުރުމުގެ ސަބަބުން އޭނާގެ މޫނު އެއްކޮށް ސާފެއް ނުވޭ. އެހެންނަމަވެސް، އޭނާ އެ ސަރަހައްދުގެ ފަހަތުގައި އޮންނަ ކުނި ކޯރު ކައިރިއަށް ދާތަން ފެނިފައިވޭ."

    ފުލުހުން އިތުރަށް ބުނި ގޮތުގައި، މީގެ ދުވަސްކޮޅެއް ކުރިން އެ ގޭގެ މަރާމާތު މަސައްކަތެއް ކުރި ވަޑާމުގެ މަސައްކަތްތެރިއަކާއި، އެ ސަރަހައްދުގައި ކާރު ދޮންނަން އުޅޭ މީހަކު ހިމެނޭހެން ތިން މީހަކު ވަނީ ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

    ޕްރީތީއާ ތިރީހަކަށް އަހަރު ގާތް ގުޅުމެއް އޮންނަ، އެ އިމާރާތުގެ ތިރީބައިގައި ދިރިއުޅޭ ޕުޝްޕާ ޝަރުމާ (75) ބުނި ގޮތުގައި، އޭނާ ހެނދުނު ހޭލިއިރު އޭނާގެ ގޭގެ ދޮރު ވެސް ހުރީ ބޭރުން ތަޅުލާފައެވެ. "އަހަންނަށް އެއްވެސް އަޑެއް ނީވޭ. ހޭލިއިރު މައި ދޮރު ހުރީ ބޭރުން ތަޅުލާފައި. ދެން މީހަކަށް ގޮވައިގެން ދޮރު ހުޅުވީ. އަހަންނަށް ބޭރަށް ނުކުމެވުނުއިރު ފުލުހުން ތިބީ އައިސް،" އޭނާ ކިޔައިދިނެވެ.

    ]]>
    Sun, 23 Aug 2026 15:29:06 +0500 ނިއުސް ޑެސްކް
    88 އަހަރުގެ މާމަ އާއިއެކު އާއިލާގެ 5 މީހުން މަރާލައިފި https://heerasnews.com/4522 https://heerasnews.com/4522 ކެރެލާގެ ތިރުވަނަންތަޕޫރަމްގައި އޮންނަ ވެންޖަރަމޫޑޫ ސަރަހައްދުގައި، "އަފަން" ނަމަކަށް ކިޔާ 23 އަހަރުގެ ފިރިހެނަކު، ހަތިޔާރެއްގެ ގޮތުގައި މަރުތޭލެއް ބޭނުންކޮށްގެން، އާއިލީ ފަސް މީހަކު ވަރަށް އަނިޔާވެރި ގޮތެއްގައި މަރާލައިފިއެވެ. މަރާލި މީހުންގެ ތެރޭގައި ހިމެނެނީ، ކޮއްކޮ އާއި މަންމަ އާއި  މާމަ އާއި ބޮޑުބޭބެ ގެ އިތުރުން ބޮޑުދައިތައެވެ.

    ޖަރީމާ ހިންގި ފަހުން، ތުހުމަތުވާ ފަރާތް ވަނީ ސީދާ ފުލުސް ސްޓޭޝަނަށް ހާޒިރުވެ، ކުށަށް އިއުތިރާފުވެފައެވެ. ފުލުހުންގެ ތަހުގީގާ ހަވާލާދީ ބުނެވޭ ގޮތުގައި، ވަރަށް ވިސްނުންތެރިކާއެކު ރޭވައިގެން ހިންގި މަރުތަކުގައި މަރުވި ފަރާތްތަކުގެ  ބޯ ތަޅާ ޗިސްޗިސްކޮށްލާފައިވަނީ ދަނގަޑު މަރުތޭލަކުންނެވެ. 

    މަރާލާފައިވާ މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ކައިރީ ފައިސާ ނޫޓްތަކެއް ވިހުރިފައި ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

    ގެއްލުންލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ މާމައަކީ 88 އަހަރުގެ މުސްކުޅި އަންހެނެކެވެ. 

    ]]>
    Thu, 20 Aug 2026 13:50:11 +0500 ނިއުސް ޑެސްކް
    ބްލެކް ޑާލިއާ : 84 އަހަރު ވީއިރުވެސް ހަގީގަތް ނުހޯދުނު މަރެއް https://heerasnews.com/4513 https://heerasnews.com/4513 ހޮލީވުޑުން ފުރުސަތު ހޯދުމަށް އުންމީދުކުރަމުންދިޔަ 22 އަހަރުގެ ޒުވާން އަންހެނަކު 1947 ވަނަ އަހަރު ލޮސް އެންޖެލިސްގައި މަރުވި މައްސަލައަކީ، މިއަދާ ހަމައަށްވެސް ހައްލެއް ހޯދިފައިނުވާ ބޮޑު ސިއްރެކެވެ.

    15 ޖެނުއަރީ 1947 ގެ ހެނދުނުގެ ވަގުތެއްގައި، ލޮސް އެންޖެލިސްގެ އަވަށްޓެރި ސަރަހައްދެއްގައި ދަރިފުޅު ގޮވައިގެން ހިނގާލަން ނިކުމެ އުޅުނު މައެއްގެ ލޮލުގައި އަޅައިގަތީ ބިރުވެރި މަންޒަރެކެވެ. އެއީ އުނަގަނޑުން ދެބުރިކޮށްލާފައި އޮތް ޒުވާން އަންހެނެއްގެ ބަރަހަނާ ހަށިގަނޑެވެ.

    އެ ހަށިގަނޑު އޮތީ ހިނގާ މަގާ ވަރަށް ކައިރީގައެވެ. ބުނެވޭ ގޮތުގައި، ހަށިގަނޑު ބާއްވާފައި އޮތް ގޮތުން ފުރަތަމަ ނަޒަރުން އެ މަންމައަށް ހީވީ އެއީ ފިހާރަތަކުގައި ބޭނުންކުރާ ޒާތުގެ ބުދެއް ކަމަށެވެ.

    ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީ، ކޮށާލާފައި އޮތް ނަމަވެސް، އެ ސަރަހައްދުން އެންމެ ލޭ ތިއްކެއްވެސް ފެންނާކަށް ނެތެވެ. މިއީ އެ ޒުވާން އަންހެން މީހާ މަރާލާފައިވަނީ އެހެން ތަނެއްގައިކަން އަންގައިދޭ ވަރަށް ބޮޑު ހެއްކެކެވެ.

    މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓުންނެވެ. އެފް.ބީ.އައި ގެ އެހީތެރިކަމަށް އެދުމުން، "ސައުންޑްފޮޓޯ" (އެ ދުވަސްވަރު ހަބަރު ފަތުރާ އިދާރާތަކުން ބޭނުންކުރި ފެކްސް މެޝިނެއްގެ ބާވަތެއް) މެދުވެރިކޮށް ލިބުނު ފިންގަޕްރިންޓްތަކެއް ބޭނުންކޮށްގެން، އެންމެ 56 މިނެޓް ތެރޭގައި އެއީ ކާކުކަން ދެނެގަނެވުނެވެ.

    އެ ޒުވާން އަންހެން މީހާއަކީ އެލިޒަބަތު ޝޯޓް ނަމަކަށް ކިޔާ، ހޮލީވުޑުން ކުރިއަށްދިއުމުގެ ހުވަފެންތަކެއް ދެކެމުން އައި މީހެކެވެ. އޭނާ ކަޅުކުލައިގެ ހެދުން އެޅުމަށް ލޯބިކުރާތީއާއި، އެ ދުވަސްވަރު ނިކުތް "ބްލޫ ޑާލިއާ" ފިލްމާ ގުޅުވައި ނޫސްވެރިން އޭނާއަށް "ބްލެކް ޑާލިއާ" ގެ ނަމުން ނަންދިނެވެ.

    އެފް.ބީ.އައިގެ ބޮޑު ރެކޯޑް ތަކުގެ ތެރެއިން ޝޯޓްގެ ފިންގަޕްރިންޓް ދެ ފަހަރެއްގެ މަތިން ފެނުނެވެ. ފުރަތަމަ ފަހަރަކީ، ޖެނުއަރީ 1943 ގައި ކެލިފޯނިއާގެ އާމީ ކޭމްޕް ކޫކްގެ ކޮމިސަރީގައި ކްލާރކެއްގެ ވަޒީފާއަށް އޭނާ ކުރިމަތިލީ ފަހަރެވެ.

    ދެވަނަ ފަހަރަކީ، އޭގެ ހަތް މަސް ފަހުން ގަވާއިދާ ހިލާފަށް ރާބޮއެގެން ސަންތާ ބާބަރާގެ ފުލުހުން އޭނާ ހައްޔަރުކުރި ފަހަރެވެ. އެފް.ބީ.އައިގެ ފައިލްތަކުގައި އޭނާގެ "މަގް ޝޮޓް" (ކުށްވެރިންގެ ގޮތުގައި ނަގާ ފޮޓޯ) ވެސް ހުއްޓެވެ. އަދި އެ އިދާރާއިން އެ ފޮޓޯ ނޫސްވެރިންނަށް ފޯރުކޮށްދިނެވެ.

    ލޮސް އެންޖެލިސްގެ ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން، އެފް.ބީ.އައި އިން ތުހުމަތުކުރެވޭ މީހުންގެ ރެކޯޑްތައް ބަލައި، މުޅި ގައުމުގައި މީހުންނާ ސުވާލުކުރިއެވެ.

    ހަށިގަނޑު ވަރަށް ސާފުކޮށް ބުރިކޮށްލާފައި އޮތުމުން، ގާތިލަކީ އިންސާނާގެ ހަށިގަނޑު ކޮށައި ވަކިކުރުމުގެ ހުނަރު ލިބިފައިވާ މީހަކަށް ވެދާނެ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން، ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާގެ މެޑިކަލް ސްކޫލްގެ ދަރިވަރުންތަކެއްގެ މައުލޫމާތު ބެލުމަށްވެސް އެޖެންޓުންނަށް އެންގުނެވެ.

    މީގެ އިތުރުން، މި މައްސަލައަށް ހައްލެއް ލިބިދާނެ ފަދަ ކަމެއްގެ ގޮތުގައި، ގާތިލު ކަމަށް ބެލެވޭ މީހަކު ފޮނުވި ނަން ނުޖެހި ސިޓީއަކުން ފެނުނު ފިންގަޕްރިންޓާ ދިމާވާ މީހަކު އެފް.ބީ.އައި އިން ހޯދިއެވެ. ނަމަވެސް އެ ފިންގަޕްރިންޓާ ދިމާވާ މީހެއްގެ ރެކޯޑެއް އެ އިދާރާއަކުން ނުފެނުނެވެ.

    "ބްލެކް ޑާލިއާ" މަރާލީ ކާކު ހެއްޔެވެ؟ އަދި އެކަން ކުރީ ކީއްވެ ހެއްޔެވެ؟ އެއީ މިއަދާ ހަމައަށްވެސް އޮތް ބޮޑު ސިއްރެކެވެ.

    މި ގާތިލު ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އަދި މިހާ ގިނަ ދުވަސް ވެފައިވާތީ، ދެން ދުވަހަކުވެސް އެ ގާތިލަކީ ކާކުކަން އެނގުމަކީ ނާދިރު ކަމެކެވެ.

    ]]>
    Sat, 15 Aug 2026 15:44:38 +0500 ނިއުސް ޑެސްކް
    ކަންގަނާ ބޮލީވުޑަށް: ޕާކިސްތާނާއެކު އޮތް ލޯބީގެ ގުޅުން ނިމޭނީ ކޮންއިރަކުން https://heerasnews.com/4509 https://heerasnews.com/4509 ސަނީ ޑިއޯލްގެ "ބަޓްވާރާ 1947" ރިލީޒްކުރުމުގެ ކުރިން، ބޮލީވުޑުން ޕާކިސްތާނަށް ބާއްވާ ކަމަށް ބުނާ "ލޯބީގެ ގުޅުމަށް" ކަންގަނާ ރަނާވަތު ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އޭނާގެ މި ވާހަކަތައް އައިސްފައިވަނީ، ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު "މޭން ވާޕަސް އާނގާ" ނެޓްފްލިކްސްއަށް އައިސްފައިވާ ދުވަސްވަރެއްގައެވެ. "ބަޓްވާރާ 1947" ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނު ވަކިވުމާ ގުޅިގެން ހުރަސްތަކެއް ކުރިމަތިވި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

    ޖަންތަރު މަންތަރުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ބޮލީވުޑްގެ ބައެއް ފަރާތްތަކުން ވަކި ބަޔަކަށް ތާއީދުކޮށް ވާހަކަދައްކާތީ އެކަމަށް އިޝާރާތްކޮށް އޭއެންއައި  އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ، "ޖަންތަރު މަންތަރުގެ މުޒާހަރާތަކާ ގުޅިގެން ފޭކު ކަރުނަ އެޅި ފިލްމީ ދާއިރާގެ މީހުން، މިހާރު ޖަރުކަންދުގައި ތިބި ކުޑަކުދިންނަށްޓަކައިވެސް އެ ކަރުނަ އަޅަންޖެހޭނެ. އެ ކުދިންވެސް ދަނީ ވަރަށް ދަތި ހާލުގައި އުޅެމުން" ކަމަށެވެ.

    އޭނާ އިތުރަށް ބުނި ގޮތުގައި، "އެމީހުންގެ ފިލްމުތަކުން ވިޔަސް، ބަޔާންތަކުން ވިޔަސް ނުވަތަ އިންޓަވިއުތަކުން ވިޔަސް، ޕާކިސްތާނާއެކު އޮތް މި ލޯބީގެ ގުޅުން ނިމުމަކަށް އަންނާނީ ކޮން އިރަކުން ހެއްޔެވެ؟ އެމީހުން އަބަދުވެސް ތިބެނީ ޕާކިސްތާނާ މެދު މާ ބޮޑަށް ފިކުރު ބޮޑުވެފައެވެ." 

    ކަންގަނާ ބޭނުންވަނީ މިއީ ކީއްވެގެންވާ ކަމެއްތޯ ބަލާށެވެ. "ގައުމު ބައިވިތާ މިހާ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް، މި ލޯބީގެ ވާހަކަ ނިމުމަކަށް ނާަންނަނީ ކީއްވެ ހެއްޔެވެ؟ ބޮލީވުޑާއި ޕާކިސްތާނުގެ މި ގުޅުން އެންމެ ފަހުން ނިމުމަކަށް އަންނާނީ ކޮން އިރަކުން ހެއްޔެވެ؟ މިކަމަށް އެމީހުން ޖަވާބުދާރީވާން ޖެހޭނެއެވެ." ކަންގަނާ ބުނެއެވެ.

    ކުރިންވެސް ކަންގަނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ނަސީރުއްދީން ޝާހަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ހިންދީ ބަހުން އޭނާ ލިޔެފައިވާގޮތުގައި "ހަގީގަތަކީ އަހަރެމެން އެންމެންނަކީވެސް ކޮންމެވެސް ފަރާތަކަށް ވަފާތެރި ބައެކެވެ. ނަމަވެސް އަހަރެން ފަހުރުވެރިވަނީ އަހަރެން ކައިބޮއެ އުޅޭ ގައުމަށްޓަކައި މަސައްކަތް ކުރާތީއެވެ. އެކަމަކު ނަސީރުއްދީން ޝާހު މި ގައުމުން އާމްދަނީ ހޯދައިގެން މަސައްކަތް ކުރަނީ އަވަށްޓެރި ގައުމަށް (ޕާކިސްތާނަށް) އެހީތެރިވުމަށެވެ."

    ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކަންގަނާގެ މި ބަސްތައް އަމާޒުކޮށްފައިވަނީ "މޭން ވާޕަސް އާނގާ" ފިލްމަށެވެ. އެ ފިލްމުގައި ނަސީރުއްދީން ޝާހު ކުޅެފައިވަނީ  ގައުމު ބައިވުމާ ގުޅިގެން އަމިއްލަ ގެދޮރު ދޫކޮށް ދާން މަޖުބޫރުވި ޕާކިސްތާނުގެ ސަރުގޯދާއަށް ނިސްބަތްވާ މީހެއްގެ ރޯލެވެ.

    މީގެ ކުރިން ނަސީރުއްދީން ޝާހު ވެސް ވަނީ ޖަންތަރު މަންތަރުގައި މުޒާހަރާކުރި ދަރިވަރުންނަށް ތާއީދުކޮށް ވާހަކަ ނުދައްކިޔަސް ބޮލީވުޑްގެ އެކްޓަރުންނަށް ފާޑުކިޔައިފައެވެ.

    ކަންގަނާ އެކަމާހުޅިގެން ބުނެފައިވަނީ، "އެމީހުން ކަމަކާ ގުޅޭގޮތުން ވާހަކަދައްކާނީ އެމީހުންގެ ޒަމީރު އެކަމަށް އެދުމުންނެވެ. ބުނެއުޅޭ ބަހެއް އޮވެއެވެ؛ އަނގަޔަށް ކަށިގަނޑެއް ލައިގެން އޮންނަ ކުއްތާއަކަށް ވައްވަކެއް ނުޖެހޭނެއެވެ. އަނގައިން އެ ކަށިގަނޑު ވެއްޓުމުން ނުވަތަ ދަތްތައް ބިންދައިގެން ދިއުމުން، އެ ކުއްތާ އަޑުއުފުލަން ފަށާނެއެވެ."

    ]]>
    Thu, 13 Aug 2026 11:34:13 +0500 ނިއުސް ޑެސްކް
    6 މީހުންގެ ގްރޫޕަކުން 19 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި https://heerasnews.com/4508 https://heerasnews.com/4508 އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ޕަލްގަރް ޑިސްޓްރިކްޓްގައި ހިމެނޭ ތަލަސާރީ ސަރަހައްދުގައި، 19 އަހަރުގެ އަންހެން ކުއްޖަކަށް ހަ މީހުންގެ ގުރޫޕަކުން ޖިންސީ ގޯނާކޮށް ރޭޕްކުރި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިންގާފައިވަނީ އެ އަންހެން ކުއްޖާގެ ލޯބިވެރިޔާއަށް އަނިޔާކޮށް، ބިރުދައްކައި އެތަނުން ފޮނުވާލުމަށް ފަހުގައެވެ.

    މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ބާކީ ތިބި ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

    ފުލުހުން މައުލޫމާތުދޭ ގޮތުގައި، މި އަންހެން ކުއްޖާއާއި އޭނާގެ ލޯބިވެރިޔާ އޮގަސްޓް މަހުގެ 9 ވީ އާދީއްތަ ދުވަހު ގުޖުރާތުގެ އުމަރްގާއޯން އަށް ގޮސް އެނބުރި އަންނަނިކޮށް، ތަލަސާރީ ފުލުހުންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އާމްގާއޯން ސަރަހައްދުން އެމީހުން ދަތުރުކުރި ސައިކަލު ކަހާލައިގެން ވެއްޓުނީއެވެ.

    އެ ވަގުތު އެކަހެރި އެ ސަރަހައްދުން އައި ސައިކަލެއްގައި ތިބި ތިން މީހަކު، މި ދެމީހުންނަށް ބިރުދައްކައި އިތުރު ތިން މީހަކަށް ގުޅައިގެން އެތަނަށް ގެނައެވެ. އެއަށްފަހު އެ ގުރޫޕުން ވަނީ އަންހެން ކުއްޖާގެ ލޯބުވެރިޔާއަށް ހަމަލާދީ، ބިރުދައްކައި އެ ސަރަހައްދުން ފޮނުވާލާފައެވެ.

    އަންހެން ކުއްޖާ ތަލަސާރީގެ "ޑެގް ބަންގްލޯ" ކައިރީގައި އޮތް އެކަހެރި ތަނަކަށް ގެންގޮސް، އެ ހަ މީހުންވެގެން އެ ކުއްޖާ ރޭޕްކުރިއެވެ. މި ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކޮށްފައިވާ އެ އަންހެން ކުއްޖާ، ހޯމަ ދުވަހު ތަލަސާރީ ފުލުސް ސްޓޭޝަނަށް ގޮސް މައްސަލަ ހުށަހެޅިއެވެ. އަދި ބިރުދައްކާ ފޮނުވާލި އޭނާގެ ލޯބިވެރިޔާވެސް ފަހުން ފުލުސް އޮފީހަށް ހާޒިރުވެ ބަޔާން ދީފައިވެއެވެ.

    ފުލުހުން މިހާރު ވަނީ ގްރޫޕް ރޭޕްގެ މައްސަލައެއް ރަޖިސްޓްރީކޮށް، މައްސަލައިގެ ތަހުގީގު ފަށާފައެވެ. އަންހެން މީހާ ދިން ބަޔާނަށް ރިއާޔަތްކޮށް، ފުރަތަމަ އެކަކު ހައްޔަރުކުރިއިރު، އަންގާރަ ދުވަހު އިތުރު ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

    އަނިޔާ ލިބުނު އަންހެން މީހާގެ މެޑިކަލް ޓެސްޓުތައް ވަނީ ހަދާފައެވެ. އޭނާގެ ހާލަތު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

    ތަލަސާރީ ފުލުސް ސްޓޭޝަންގެ އިންސްޕެކްޓަރު އަޖޭ ގޯރާޑް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ބައިވެރިވި އިތުރު މީހުން ހޯދުމަށް މިހާރު ވަނީ ހާއްސަ ޓީމުތަކެއް އެކުލަވާލާފައެވެ.             

    ]]>
    Thu, 13 Aug 2026 07:10:44 +0500 ނިއުސް ޑެސްކް
    ޕްރެސް ސެކްރެޓަރީކަމުގައި ލީވިޓް ހުންނާނީ މި މަސް ނިމެންދެން https://heerasnews.com/4506 https://heerasnews.com/4506
  • ލީވިޓް ދެން މަސައްކަތް ކުރައްވާނީ ބޭރުގެ މުއާސަލާތީ މުޝީރެއްގެ ގޮތުގައާއި ޕާޓީގެ އިސް ހަރަކާތްތެރިއެއްގެ ގޮތުގައި
  • ލީވިޓް ބޭނުންވަނީ ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރަން
  • ލީވިޓް އަކީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީކަންކުރާ އެންމެ ޒުވާން ބޭފުޅާ
  • ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް، މި ހިނގާ މަހުގެ ނިޔަލަށް އެ މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އިއުލާނު ކުރައްވައިފިއެވެ. މިއީ ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިންތިހާބާ ގާތްވެފައި ވަނިކޮށް، ރައީސްގެ އެންމެ އިތުބާރު ހުރި އެއް މުޝީރަކު މަގާމުން ވަކިވެވަޑައިގަތުމެވެ.

    ލީވިޓް އޭނާ ދެން މަސައްކަތް ކުރައްވާނީ ބޭރުގެ މުއާސަލާތީ މުޝީރެއްގެ ގޮތުގައާއި، ޓްރަމްޕްގެ "މޭކް އެމެރިކާ ގްރޭޓް އެގެއިން" ހަރަކާތުގެ ކުރިމަގު ބައްޓަންކުރުމަށް ޕާޓީގެ އިސް ދައުރެއްގައި ކަމަށްވެއެވެ.

    އުމުރުން 28 އަހަރުގެ ލީވިޓް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ މަގްސަދަކީ އޭނާގެ ކުދިކުދި ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރުން ކަމަށެވެ. އޭނާއަށް ދެވަނަ ދަރިފުޅަކު ލިބިފައިވަނީ މިދިޔަ މެއި މަހުއެވެ. ލީވިޓް މަގާމުން ވަކިވާން ނިންމެވީ ވިހެއުމާ ގުޅިގެން ލިބުނު ޗުއްޓީ ނިންމަވާފައި އެނބުރި ވަޑައިގަތްތާ މާގިނަ ދުވަހެއް ނުވަނީހެވެ.

    ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެރޮލީންއަކީ ވައިޓް ހައުސްގައި ނަމޫނާ ލީޑަރެއް ކަމަށާއި، 2018 ވަނަ އަހަރުން ފެށިގެން، ހާއްސަކޮށް 2024 ވަނަ އަހަރުގެ ތާރީހީ އިންތިހާބީ ކެމްޕޭނުގައި އަދުލުވެރިކަމާއި މިނިވަންކަމަށްޓަކައި އޭނާ ކުރެއްވީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކަމަށެވެ. ލީވިޓްއަކީ އެ މަގާމުގެ ތާރީހުގައިވެސް ދުށް އެންމެ މޮޅު އެއް ޕްރެސް ސެކްރެޓަރީ ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ.

    ވައިޓް ހައުސްގައި އަދާކުރެއްވި މަސްއޫލިއްޔަތަކީ އޭނާގެ ހަޔާތުގައި ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ލީވިޓް ސިފަކުރެއްވިއެވެ.

    ވައިޓް ހައުސްގެ އެންމެ ޒުވާން ޕްރެސް ސެކްރެޓަރީ

    ޓްރަމްޕްގެ 2024 ވަނަ އަހަރުގެ ކެމްޕޭނާ ގުޅިވަޑައިގަތުމަށްފަހު، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ތަރުޖަމާނެއްގެ ގޮތުގައި ލީވިޓް މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ޓްރަމްޕް އޭނާ ޕްރެސް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވިއިރު، އޭނާއަކީ އެ މަގާމަށް އައްޔަންކުރެވުނު އެންމެ ހަގު ބޭފުޅާއެވެ.

    ޓްރަމްޕްގެ ކުރީގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ހެރިސަން ފީލްޑްސް ވިދާޅުވި ގޮތުގައި، ލީވިޓްއާ އަޅާކިޔޭނެ ފަދަ ބޭފުޅުން ވަރަށް މަދެވެ. އޭނާއަކީ ޓްރަމްޕްގެ ވިސްނުންފުޅު އެންމެ ފުރިހަމައަށް ދެނެގަނެ، މީޑިއާގެ ޑިމާންޑްތަކަށް ވަރަށް ހުށިޔާރުކަމާއެކު ޖަވާބުދާރީވި ބޭފުޅެކެވެ.

    ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި، ލީވިޓްއާއި ކޮމިއުނިކޭޝަންސް ޑިރެކްޓަރ ސްޓީވަން ޗިއުންގް ވަނީ ސަރުކާރުން މީޑިއާއަށް ދޭ ސަމާލުކަން ބަދަލުކޮށްލާފައެވެ. މި ބަދަލަށް ޓްރަމްޕްގެ ސަޕޯޓަރުން ތާއީދުކުރިއިރު، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

    ޓްރަމްޕްގެ ސަރުކާރުން ވަނީ ރައީސްއާ ސުވާލުކުރުމުގެ ފުރުސަތު ދޭނެ ނޫސްވެރިން އަމިއްލައަށް ހޮވަން ފަށާފައެވެ. މީގެ ސަބަބުން "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން" އިން ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓަމުން އައި އުސޫލުތަކަށް ވަނީ ބަދަލު އައިސްފައެވެ. އަދި "ނިއު މީޑިއާ" އަށް ހާއްސަ ފުރުސަތުތަކެއް ދީ، ޕޮޑްކާސްޓްތަކާއި ޑިޖިޓަލް މީޑިއާތަކަށް އިސްކަންދޭން ފެށިއެވެ. ބައެއް ފަރާތްތަކުން މިއީ މީޑިއާގެ ދާއިރާއަށް އަންނަ ބަދަލުތައް ބަލައިގަތުން ކަމަށް ބުނާއިރު، އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ ސަރުކާރަށް ތާއީދުކުރާ މީޑިއާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކުރާ ކަމެކެވެ.

    ލީވިޓް މަގާމުން ވަކިވެވަޑައިގަންނަވާއިރު، ވޮޝިންޓަން ޕޯސްޓުން ވަނީ މިދިޔަ ޖުލައި މަހު ތުރުކީގައި އޮތް ނޭޓޯ ސަމިޓަށްފަހު ރައީސް ޓްރަމްޕް ފުރާވަޑައިގަތުމުގައި ކަން ހިނގި ގޮތުގެ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށްޓަކައި، ރައީސް ވަނީ ވަރަށް ސިއްރުވެރި ގޮތަކަށް ކޭޓަރިންގ ޓްރަކެއްގައި އެހެން ބޯޓަކަށް ބަދަލުކުރެވިފައެވެ. ނަމަވެސް އަސްލު ބޯޓުގައި ތިބި ނޫސްވެރިންނާއި މުވައްޒަފުންނަށް މިކަން އެނގިފައެއް ނުވެއެވެ. މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުތަކާ މުޅިން ހިލާފު ކަމެކެވެ.

    ]]>
    Thu, 13 Aug 2026 05:03:15 +0500 ނިއުސް ޑެސްކް
    ޝަހުސު އޮޅުވާލައިގެން މީހުންނާ އިންނަ ދެބަފައިން ފަޅާއެރުން https://heerasnews.com/4505 https://heerasnews.com/4505 އުއްތަރު ޕްރަދޭޝްގައި އޮންނަ ސިތާޕޫރުގެ ސެވްތާ ދާއިރާގެ ސްޓޭޓް އެސެމްބްލީ ގޮނޑި 2017 އަދި 2022 ވަނަ އަހަރު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމަށްފަހު، ތިންވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ތައްޔާރުވަމުންދާ ބީޖޭޕީގެ މެންބަރު ގިޔާން ތިވާރީގެ ސިކުނޑީގައި މިހާރު އޮތީ ކުރިއަށް އޮތް އިންތިހާބަށްވުރެ މާ ނުރައްކާތެރި މައްސަލައެކެވެ.

    ސެވްތާ ދާއިރާގެ އެމްއެލްއޭ ތިވާރީ ވިދާޅުވި ގޮތުގައި އޭނާއަށް ކުރިން ގަބޫލުކުރެވުނީ ތުރިވޭދީ އާއިލާއަކީ އަބުރުވެރި، ވިޔަފާރިވެރި އާއިލާއެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އެމްއެލްއޭ ތިވާރީ ވަނީ އޭނާގެ ދަރިފުޅުގެ ބަފައިބެ އަނޫޖް ތުރިވޭދީއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. މައްސަލައިގައި ތުހުމަތުކޮށްފައިވަނީ ކައިވެނީގެ ކުރިން އޭނާގެ "ކުށުގެ" މާޒީ ސިއްރުކުރުމާއި، އެކި ފަހަރު މަތިން އަމިއްލަ ވަނަވަރު އޮޅުވާލައިގެން ގިނަ ކައިވެނިތަކެއް ކޮށްފައިވާ ކަމަށެވެ.

    މީގެ މަހެއްހާ ދުވަސް ކުރިން މަހާރާޝްތުރާ ފުލުހުން އަނޫޖް ތުރިވޭދީ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ އަނޫޖް ތުރިވޭދީގެ ދަރިފުޅު އަދި އެމްއެލްއޭ ތިވާރީގެ ދަނބިދަރި ޕްރަކަރްއާ ދެކޮޅަށް ވެސް މިފަދަ ތުހުމަތުތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. ސިތާޕޫރު ފުލުހުން ބުނާ ގޮތުގައި ޕްރަކަރް މިހާރު ވަނީ ފިލާފައެވެ.

    އެމްއެލްއޭ ތިވާރީ ވަނީ އަނޫޖް ތުރިވޭދީ އާއި ޕްރަކަރްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވާކަން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ. "އަދިވެސް އެމީހުންގެ އިތުރު އަނބިން ތިބުމަކީ އެކަށީގެންވާ ކަމެއް" ކަމަށް އެމްއެލްއޭ ތިވާރީ ވިދާޅުވިއެވެ.

    އެމްއެލްއޭ ތިވާރީގެ ދަރިފުޅު، ޑޮކްޓަރު ޕްރަގްޔާ އާއި 31 އަހަރުގެ ޕްރަކަރް ތްރިވޭދީ ކައިވެނީގެ ގޮށްޖެހީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ފުލުހަށް ހުށަހެޅި މައްސަލައިގައި އެމްއެލްއޭ ތިވާރީ ވިދާޅުވެފައިވަނީ ސިތާޕޫރުގައި ދިރިއުޅޭ އަނޫޖް ތުރިވެދީ ތައާރަފްވީ މުމްބާއީގައި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ޕްރަކަރްއަކީ ސްކޫލެއް ހިންގުމުގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތްތައް ބަލަހައްޓާ މީހެއް ކަމަށް ބުނެފައިވާ ކަމަށެވެ.

    ކައިވެނީގެ ކުރިން އެ އާއިލާއާ ބެހޭގޮތުން އަވަށުގެ އިސްވެރިންނާއި އާންމު ރައްޔިތުން ހިމެނޭހެން ގިނަ ބައެއްގެ ގާތުން މައުލޫމާތު ސާފުކުރެއްވި ކަމަށާއި، އެ އެންމެންވެސް އެއީ ތަނަވަސް، އަބުރުވެރި އަދި ނުފޫޒުގަދަ ބައެއްގެ ގޮތުގައި ސިފަކުރި ކަމަށް އެމްއެލްއޭ ތިވާރީ ވިދާޅުވެއެވެ. މަހާރާޝްތުރާ ފުލުހުން ސިތާޕޫރަށް އައިސް މި މައްސަލަ ތަހުގީގު ކުރަން ފެށުމާ ހަމައަށް، އެއްވެސް ކަމަކާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ތިވާރީ ވިދާޅުވިއެވެ.

    ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ޕްރަކަރްގެ ދެބަފައިން އޮޅުވާލައިގެން ކައިވެނިކޮށް، ފައިސާ އަތުލާފައިވާ ކަމަށް ބުނެ އެހެން ދެ އަންހެނަކު ވެސް ވަނީ ޝަކުވާ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައިގައި އަދި ރަސްމީކޮށް އެފް.އައި.އާރް އެއް ރަޖިސްޓްރީއެއް ނުކުރެއެވެ. ފުލުހުން ބުނާ ގޮތުގައި މީގެ އިތުރުން ވެސް ގިނަ ބަޔަކު މި މަކަރުވެރިންގެ ޝިކާރައަކަށް ވެފައިވުން އެކަށީގެންވެއެވެ.

    އެމްއެލްއޭ ތިވާރީ ވެސް ގަބޫލުކުރައްވަނީ އެހެންނެވެ. "މީގެ އިތުރުން ވެސް އެތައް ބަޔަކަށް މި އޮޅުވާލުންތަކުގެ އަސަރުކޮށްފައި ހުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ. ސިތާޕޫރުގެ އެޑިޝަނަލް ޑިސްޓްރިކްޓް މެޖިސްޓްރޭޓް އާޔޫޝް ޗައުދަރީ ވިދާޅުވީ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި ތިވާރީ މައްސަލަ ހުށަހެޅި ރައުސާ ޕޮލިސް ސްޓޭޝަނުގެ އެސް.އެޗް.އޯ ހަނޫމަންތު ލާލް ވިދާޅުވީ، އަނޫޖް ތުރިވޭދީގެ ބަޔާން ނެގުމަށް ފުލުހުންގެ ޓީމެއް މަހާރާޝްތުރާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

    ސިތާޕޫރު ފުލުހުން ބުނާ ގޮތުގައި، މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ތުރިވޭދީ އާއި ޕްރަކަރް އަމާޒުކުރަނީ އެހީތެރިކަމަށް ބޭނުންވެފައިވާ ނުވަތަ ނާޒުކު ހާލަތްތަކުގައި ތިބޭ އަންހެނުންނަށެވެ. އޭގެ ތެރޭގައި ވަރިވެފައިވާ އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނެއެވެ. ދޮގު ވަނަވަރު ބޭނުންކޮށްގެން އެމީހުންނާ ކައިވެނިކުރުމަށްފަހު، ބިރުދައްކައިގެންނާއި އޮޅުވާލައިގެން ފައިސާ އަތުލަނީއެވެ. ފައިސާއާއި އަގުބޮޑު ގަހަނާތައް ލިބުމުން، އެ ދެބަަފައިން ފިލަނީއެވެ.

    މުމްބާއީގެ މައްސަލައެއް

    މަހާރާޝްތުރާ ފުލުހުން އަނޫޖް ތުރިވޭދީ 2022 ވަނަ އަހަރުގެ މާރިޗު މަހު ތާނޭގެ ނަޔާ ނަގަރު ޕޮލިސް ސްޓޭޝަނުގައި ރަޖިސްޓްރީކުރި މައްސަލައެއްގައި ހައްރުކުރިއެވެ. އެ މައްސަލަ އަކީ 69 އަހަރުގެ ސަވިތާ ސުރޭޝް ބަންޑާރްކަރް ނަމަކަށް ކިޔާ އަންހެނަކު ހުށަހެޅި މައްސަލައެކެވެ. އޭނާ ބުނި ގޮތުގައި، ކުޑަ ނުކުޅެދުންތެރިކަމެއް ހުންނަ އޭނާގެ ދަރިފުޅު ޝާމްބަވީއާ ކައިވެނިކުރަން މީހަކު ހޯދަމުން ދަނިކޮށް، އަނޫޖް ތުރިވޭދީ އޭނާއާ ގުޅުނީ "އަޖޭ އަގަރްވާލް" ގެ ނަމުގައެވެ.

    ޝަމްބަވީ ދަރިފުޅާއި އަޖޭ އަގަރުވާޅް ( އަނޫޛް ތުރިވޭދީ)ގެ ކައިވެނި ކުރެވުނީ 2019 ވަނަ އަހަރުގެ މާރިޗު މަހުއެވެ. ކައިވެނީގައި ފިރިހެން މީހާގެ ފަރާތުން ބައިވެރިވީ "އަރިވަލް" ނަމަކަށް ކިޔާ މީހަކު އެކަންޏެވެ. "އަގަރްވާލް" ބުނި ގޮތުގައި އެއީ އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮއެކެވެ. "އަގަރްވާލް" މުމްބާއީގައި މަޑުކުރީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. އޭނާ ބުނާ ގޮތުގައި ކޮލްކަތާގައި ހުންނަ އޭނާގެ ދެ ގެއެއްގެ މަސައްކަތް ބަލަހައްޓަން ޖެހެއެވެ.

    ބަންޑާރްކަރް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ފައިސާގެ ދަތިކަން ކުރިމަތިވެއްޖެ ކަމަށް ބުނެ، އެ އާއިލާގެ ފްލެޓް ވިއްކާލުމަށްފަހު ފައިސާ ދިނުމަށް އޭނާ އެދުނު ކަމަށެވެ. އޭގެ ބަދަލުގައި ލަކްނޫއިން ފްލެޓެއް ދޭނެ ކަމަށް ވައުދުވިއެވެ.

    ބަންޑާރްކަރްގެ އާއިލާއިން ގާތްގަނޑަކަށް 82 ލައްކަ ރުޕީސް ނަގުދު ފައިސާއިން އޭނާއަށް ދިނެވެ. އަދި އޭގެ ފަހުން ޝާމްބަވީގެ ގަހަނާތައް ވެސް އޭނާ އަތުލިއެވެ. 2022 ފެބްރުއަރީ 26 ގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވެ ފިލީއެވެ.

    އެމްއެލްއޭ ތިވާރީ، އޭނާގެ ދަރިފުޅުގެ ކައިވެނީގެ ހަފުލާއަށް 15000 އެއްހާ މީހުންނަށް ދައުވަތު ދީގެން ވަރަށް ކުލަގަދަކޮށް އެކަން ފާހަގަކުރެއްވިއިރު، މިއަދު އޭނާ ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. "ކޮންމެ ފަދަ އަގަކުން ނަމަވެސް އަނޫޖް ތުރިވޭދީ ފަދަ މީހަކު މިނިވަންވެގެން ނުވާނެ. އޭނާގެ ދަރިފުޅުވެސް މިކަމުގައި ބައިވެރިވާނަމަ، އޭނާއާ މެދު ވެސް ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ،" އެމްއެލްއޭ ވިދާޅުވިއެވެ.              

    ]]>
    Wed, 12 Aug 2026 16:45:36 +0500 ނިއުސް ޑެސްކް
    ހުވަފެނީ ސުވަރުގެ | ފުރޭތައިންގެ ސަހަރަކަށް https://heerasnews.com/4504 https://heerasnews.com/4504 ދުރުން ބަލާއިރު، މެލޭޝިޔާގެ ފޮރެސްޓް ސިޓީ ފެންނަނީ ތްރީޑީ - ޕްރިންޓްއެއްގެ ގޮތުގައެވެ. އެއީ އެއްގޮތަކަށް ހުރި ހުދު ކުލައިގެ އިމާރާތްތަކެއް، އާދައިގެ އަތިރިމައްޗެއްގައި ފުނިޖެހިފައިވާ މަންޒަރެކެވެ.

    2016 ވަނަ އަހަރު ޗައިނާގެ ކުންފުނިތަކުން މި މަޝްރޫއު އިފްތިތާހު ކުރިއިރު، 100 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއު ސިފަކުރީ "މުޅި އިންސާނިއްޔަތަށް އޮތް ހުވަފެނީ ސުވަރުގެއެއް" ގެ ގޮތުގައެވެ. އެއީ ގާތްގަނޑަކަށް 700000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހެދި ހާއްސަ މާލީ ސަރަހައްދެކެވެ. ނަމަވެސް، ދިހަ އަހަރު ފަހުން، ސިންގަޕޫރާ އިންވެގެން އޮތް މި 14 އަކަ ކިލޯމީޓަރުގެ މަސްނޫއީ ރަށުގައި ދިރިއުޅެނީ އަމާޒުކުރި އާބާދީގެ އެންމެ ޕަސެންޓަކަށްވުރެ ވެސް މަދު ބައެކެވެ.

    ފަޅަށް ހުރި އުސް އިމާރާތްތައް ހަމަހިމޭން މަގުތަކުގެ މައްޗަށް ބޯދިއްކޮށްލައިގެން ތިބި އިރު، ހުސްކޮށް ހުރި ފްލެޓްތަކުގެ ކައުންޓަރުތަކާއި ކުޑަދޮރުތަކުގައި ވަނީ ހިރަފުސް ބޯވެފައެވެ.

    ފޮރެސްޓް ސިޓީން އެންމެ ފުރަތަމަ ފްލެޓް ގަތް އިންވެސްޓަރުންގެ ތެރޭގައި ހިމެނޭ، އުމުރުން 56 އަހަރުގެ ޖޭސަން ޑެންގް އަށް ވަރަށް ވަރަށް ރީތި - ރަން ސިޓީއެއްގެ ގޮތުގައި؛ 2016ގައި އެތަން ސިފަކޮށްދިނުމުން އޭނާ ވަނީ ބޮޑު އަދަދެއްގެ ފައިސާ ހޭދަކޮށްގެން ފަސް ޕްރޮޕަޓީ ގަނެފައެވެ. "މިތަނުގެ ހާލަތު މިހާ ދަށްވާނެކަން އެނގުނު ނަމަ މިހާ ގިނަ ފްލެޓެއް ނުގަތީމުސް. އަހަރެން ހީކުރީ މިއަށްވުރެ މާ ބޮޑަށްވެސް ރަނގަޅުވާނެ ކަމަށް،" އޭނާ މިހާރު ބުނެއެވެ. ނަމަވެސް، މިތަނަކީ ބައެއް މީހުންނަށް "ރަން ސިޓީ" އަކަށް ވެއްޖެއެވެ. އެކަމަކު އެއީ މި މަޝްރޫއު ހިންގި ފަރާތްތަކުން އުންމީދުކުރި ކަހަލަ ބައަކަށް ނޫނެވެ.

    ޖުލައި މަހުގެ މެދުތެރޭގައި މެލޭޝިޔާގެ ފުލުހުން ވަނީ ފޮރެސްޓް ސިޓީގެ 32 ތަނެއް ރޭޑްކޮށް، މަކަރާއި ހީލަތުން ފައިސާ ހޯދާ (ސްކޭމް) ދެ އޮޕަރޭޝަނެއް ހުއްޓުވާފައެވެ. މި ރޭޑްގައި 335 މީހުން ހައްޔަރުކޮށް، ގާތްގަނޑަކަށް އެއް މިލިއަން ރިންގިޓް (245000 ޑޮލަރު) ގެ މުދާ ހިފެހެއްޓިއެވެ. އޭގެ ތެރޭގައި 313 ކޮމްޕިއުޓަރާއި، 1557 މޮބައިލް ފޯނާއި، 17 ލެޕްޓޮޕް އަދި 10 މޮޑެމް ހިމެނެއެވެ.

    ފުލުހުން ބުނާ ގޮތުގައި، މި ދެ "ކޯލް ސެންޓަރު" މެދުވެރިކޮށް ކްރިޕްޓޯކަރަންސީ ސިންޑިކޭޓްތަކުން ދިޔައީ ގައުމުން ބޭރުގެ މީހުންނަށް އަމާޒުކޮށްގެން އިންވެސްޓްމަންޓް އަދި "ލަވް ސްކޭމް" ތައް ހިންގަމުންނެވެ. އޭގެ ތެރެއިން އެއް ސެންޓަރު ހިންގަމުން ދިޔައީ އެޕާޓްމަންޓް އިމާރާތެއްގެ ފަސް ފަންގިފިލާއެއްގައި ހުރި 27 ފްލެޓެއްގައެވެ. އަދި އަނެއް ސެންޓަރު ހުރީ ފަސް ބަންގްލޯއެއްގައެވެ.

    ހައްޔަރުކުރި މީހުންގެ ތެރޭގައި 309 ޗައިނާ މީހުންނާއި، 19 އިންޑޮނޭޝިޔާ މީހުންނާއި، 3 މެލޭޝިޔާ މީހުން އަދި މިޔަންމާގެ 4 މީހުން ހިމެނެއެވެ. ޖޮހޯރުގެ ފުލުހުންގެ ވެރިޔާ އަބް ރަހްމާން އަރުޝަދު ވިދާޅުވީ، މި އޮޕަރޭޝަންތަކުގެ އަޑީގައި ތިބި އިސް މީހުން ހޯދުމަށް އިންޓަޕޯލްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

    ކަމާބެހޭ މާހިރުންނާއި އެ ސަރަހައްދުގެ މީހުން ބުނާ ގޮތުގައި މިއީ ފެންނަން އޮތް ކުޑަ މިންވަރެކެވެ. އަދި މިއީ ދުނިޔޭގައި ފެތުރެމުންދާ، ކުރިއަރަމުން އަންނަ "ސްކޭމް އިންޑަސްޓްރީ" ގެ އަލާމާތެކެވެ.

    "ހަގީގަތަކީ މިފަދަ ގިނަ ޖަމާއަތްތައް މިހާރު ވައްތަރީ އާދައިގެ ކުށްކުރާ ގްރޫޕްތަކަކަށްވުރެ ބޮޑަށް މަލްޓިނޭޝަނަލް ކޯޕަރޭޝަންތަކާ،" ކަމަށް ކްރިޕްޓޯ ކުށްތައް ތަހުގީގުކުރާ "ޓީއާރުއެމް ލެބްސް" ގެ އެނަލިސްޓް ޖޯން ވޮޖިކް ވިދާޅުވިއެވެ. އެމީހުންގެ ތެރޭގައި ވަކިވަކި ރެކްރޫޓްމަންޓް ޓީމުތަކާއި، އައިޓީ ޑިޕާޓްމަންޓްތަކާއި، މަނީ ލޯންޑަރިން މާހިރުންނާއި ވަސީލަތްތައް ހުންނަކަމަށްވެސް އޭނާ ބުންޏެވެ.

    ކަމާބެހޭ ފަރާތްތަކާއި މާހިރުން އެއްބަސްވާ ގޮތުގައި، ފޮރެސްޓް ސިޓީގައި މަސައްކަތް ކުރަމުން ދިޔައީ ކެމްބޯޑިއާއިން ބޭރުކޮށްލާފައިވާ ކުށްވެރިންނެވެ. ކެމްބޯޑިއާއަކީ ބައިނަލްއަގުވާމީ ސްކޭމްތަކުގެ މައި މަރުކަޒެކެވެ.

    ފާއިތުވި ފަސް އަހަރު ތެރޭގައި، މި ކުށްވެރި ދާއިރާ ވަނީ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ބަދަލުވެފައެވެ. މިއީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އަނިޔާކޮށް، މަޖުބޫރުން މަސައްކަތް ކުރުވައިގެން ހިންގާ ދާއިރާއެކެވެ.

    ނަމަވެސް، ފޮރެސްޓް ސިޓީގައި ހިންގި އޮޕަރޭޝަންތަކަކީ އާދައިގެ "ސްކޭމް ކޮމްޕައުންޑް" ތަކާ ތަފާތު ތަންތަނެވެ. މިޔަންމާ ނުވަތަ ކެމްބޯޑިއާގެ ބޯޑަރު ސަރަހައްދުތަކުގައި ހުންނަ ފާރުލީ ބިޔަ ކޮމްޕްލެކްސްތަކާ ހިލާފަށް، ފޮރެސްޓް ސިޓީގެ ތަންތަން ފެންނަނީ ވަރަށް "ޕްރޮފެޝަނަލް" ކޮށެވެ. އެތަންތަނުގައި މަސައްކަތް ކުރަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ގޮތުގައި ތިބެއެވެ.

    ފޮރެސްޓް ސިޓީގައި ދިރިއުޅޭ އަދި ޕްރޮޕަޓީ ސޭލްސްގައި މަސައްކަތްކުރާ ކެވިން (އަސްލު ނަމެއް ނޫން) ގަބޫލުކުރާ ގޮތުގައި އަދިވެސް އެ ސަރަހައްދުގެ އެޕާޓްމަންޓްތަކުގައި މިފަދަ ގްރޫޕްތައް އުޅެއެވެ.

    "އަހަރެމެންނަށް އެނގޭ އެމީހުން ކުރާ ކަމެއް،" އޭނާ ބުންޏެވެ. "މިއީ ޖޮހޯރު ސިޓީއާއި ކުއާލަލަމްޕޫރުގައި ވެސް އާންމު ކަމެއް، އެކަމަކު ފޮރެސްޓް ސިޓީގައި މިކަން މާ ހާއްސަ." ކަމަށް އޭނާ ބުނެއެވެ.

    ކެވިންއާއި ވޮޖިކް ފާހަގަކުރާ ގޮތުގައި ފޮރެސްޓް ސިޓީ މިކަމަށް "ހާއްސަ" ވަނީ އެތަނަކީ ފަޅުވެފައިވާ "ގޯސްޓް ސިޓީ" އެއްގެ ގޮތުގައި އޮތުމުންނެވެ.

    "ކުންފުނިން އަހަރެމެން ގާތު ބުނަނީ ކަސްޓަމަރުން ގާތު ބުނާށޭ މިތަނުގައި 23000 މީހުން ދިރިއުޅެޔޭ. އެކަމަކު ހަގީގަތަކީ 5000 މީހުން ވެސް ނޫޅޭކަން،" ކެވިން ބުންޏެވެ. "އެއީ ސްކޭމަރުން މިތަން އިހްތިޔާރު ކުރާ ސަބަބަކީ. އެމީހުންނަށް މިތަނުގައި މިނިވަންކަން ލިބޭ... އެއްވެސް މީހަކު މިތަނަކަށް ނާދޭ." ކަން ހިނގާ ގޮތް އޭނާ ކިޔާދިނެވެ.

    ޗައިނާގެ އެންމެ ބޮޑު އެއް ޑިވެލޮޕަރު ކަމަށްވާ "ކަންޓްރީ ގާޑަން" އާއި މެލޭޝިޔާގެ ސުލްތާން އިބްރާހިމް އިސްކަންދަރުގެ އަމިއްލަ ކުންފުންޏެއް ގުޅިގެން ފެށި މި މަޝްރޫއު ފެއިލްވާން މެދުވެރިވީ ކޮވިޑްގެ ބަލިމަޑުކަމާއި، ޗައިނާގެ އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުންނެވެ.

    ވޮޖިކް ވިދާޅުވާ ގޮތުގައި، މިފަދަ ބޮޑެތި، ޒަމާނީ ވަސީލަތްތައް ހުރި ނަމަވެސް ފަޅަށް ހުންނަ ތަންތަނަކީ ކުށްވެރި ސިންޑިކޭޓްތަކަށް ވަރަށް "ފައްކާ" ތަންތަނެވެ. އެތަންތަނުގައި ޒަމާނީ އިންފްރާސްޓްރަކްޗަރއާއި، އިންޓަނެޓްގެ ހިދުމަތް ހުރެފައި، ގިނަ އަދަދަކަށް ހުސް ފްލެޓްތައް ހުރުމުން، ސިއްރުން ކަންކަން ހިންގަން ފަސޭހަވެއެވެ.

    މިކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ފޮރެސްޓް ސިޓީގެ ރީތި ބޭރުފުށުން ސިފަވަނީ މިޔަންމާގެ ތައިލެންޑް ބޯޑަރުގައި އޮންނަ "ޝްވޭ ކޮކޯ" ކަމަށް ބެލެވޭ ރަށެވެ. އެއީ ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ސްކޭމް މަރުކަޒެވެ. ޗައިނާގެ ކުންފުންޏަކުން ބިނާކޮށްފައިވާ އެ ސިޓީއަކީ މުއްސަނދިންނަށް އަމާޒުކޮށްގެން ހެދި ތަނެއް ކަމަށް ދެއްކި ނަމަވެސް، އޭގެ ފަހަތުގައި ވަނީ އޮޅުވާލުމާއި، މަނީ ލޯންޑަރިން އަދި އިންސާނީ ވަގުފާރީގެ ބޮޑު ވިއުގައެކެވެ.

    ފޮރެސްޓް ސިޓީގެ އަސްލު މަޝްރޫއުގެ އެންމެ 15 ނުވަތަ 20 އިންސައްތަ ނިމިފައިވީ ނަމަވެސް، އަދިވެސް އެތަން އިޝްތިހާރު ކުރަނީ ޓެކްނޮލޮޖީއާއި ވިޔަފާރީގެ އުންމީދީ މަރުކަޒެއްގެ ގޮތުގައެވެ. މިފަދަ "ވިޔަފާރިވެރި" ސިފައެއްގައި އެތަން ބަނދެވިފައި އޮތް އޮތުމަކީ، ކުށްވެރިންނަށް އެއްވެސް މީހެއްގެ ޝައްކެއް ނެތި އެ މީހުންގެ ވިއުގަތައް ފުޅާކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.

    ވޮޖިކް ތަފްސީލުކޮށްދެއްވި ގޮތުގައި، މިފަދަ އާދައިގެ ގޮތަކަށް ވިޔަފާރި މަރުކަޒުތަކުގެ ތެރޭގައި ސްކޭމް ސިންޑިކޭޓްތަކަށް ހިމާޔަތް ހޯދޭނަމަ، އެމީހުން ހޯދައި ހުއްޓުވުމަށް އުނދަގޫވެއެވެ. އަދި އޭގެ ސަބަބުން ލިބޭ ބޮޑު ފައިދާއިން އެމީހުންގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

    މި ސިނާއަތް މިހާރު ދަނީ އިތުރަށް ހަރުދަނާވެ، ޕްރޮފެޝަނަލް ވަމުންނެވެ. އިންސާނީ ވަގުފާރީގެ ތެރެއިން މަޖުބޫރުން މަސައްކަތް ކުރުވާ މީހުން އަދިވެސް ގިނަ ނަމަވެސް، މިހާރު ތަޖުރިބާކާރު ސްކޭމަރުންނަށް ބޮޑު މުސާރައާއި ރަނގަޅު ހިދުމަތްތައް ދީގެން ވަޒީފާގައި ބޭތިއްބުމުގެ އާދަ ވަނީ ފެށިފައެވެ. ޓެލެގްރާމް ފަދަ ޕްލެޓްފޯމްތަކުގައި، ކުށްކުރުމުގެ ތަޖުރިބާ ހުރި މީހުން އެ މީހުންގެ ވަނަވަރު ހިއްސާކޮށް، މިފަދަ ވަޒީފާތަކަށް ކުރިމަތިލަމުންދާ ކަމަށް ވެއެވެ.

    ފޮރެސްޓް ސިޓީގެ ރޭޑްތަކުން އެނގެނީ ބައިނަލްއަގުވާމީ ސްކޭމް ސިނާއަތުގެ ބައްޓަމާއި މިންވަރު ބަދަލުވަމުންދާ ކަމެވެ. މިއީ މެލޭޝިޔާގައި މިފަދަ ކަމެއް ފާހަގަވި ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރުގެ ތެރޭގައި ވެސް ޖޮހޯރު، ޕިނޭންގް އަދި ކުއާލަލަމްޕޫރުގެ އެޕާޓްމަންޓްތަކުގައި ހިންގި މިފަދަ އެތައް މަރުކަޒެއް ފުލުހުން ވަނީ ރޭޑްކޮށްފައެވެ.

    ފޮރެސްޓް ސިޓީގައި ދިރިއުޅޭ ކެވިން ބުނާ ގޮތުގައި، އެތަނުގައި ސްކޭމްތައް ހިންގުމަކީ "އެންމެންނަށް އެނގޭ ސިއްރެކެވެ". އަދި އޭނާ ހައިރާންވީ ފުލުހުން އެކަން ހުއްޓުވަން ފިޔަވަޅު އެޅުމުންނެވެ. ނަމަވެސް، އޭނާގެ އަވަށްޓެރިންނަކީ ބޮޑެތި މަކަރުވެރިން ކަމަށް ވިޔަސް، އޭނާ އެކަމާ މާ ބޮޑަކަށް އަޅައެއް ނުލައެވެ. "އަހަރެންނަށް އެކަމަކުން ކަމެއްނުވޭ. އެއީ އަހަރެންގެ ކަމެއް ނޫން. އަހަރެން މިތަނުގައި އުޅެނީ ހަމައެކަނި މުސާރައަށްޓަކައި،" އޭނާ ބުންޏެވެ.

    އެތަނުގައި ދިރިއުޅޭ އެހެން މީހެއް ކަމަށްވާ ފިލިޕް (އަސްލު ނަމެއް ނޫން) ވެސް ބުނީ މި ހަބަރު އިވުމުން ހައިރާން ނުވާ ކަމަށެވެ. އޭނާ އެތަނަށް ބަދަލުވީ އަގު ހެޔޮކޮށް ރަނގަޅު ފްލެޓެއް ލިބޭތީއެވެ. "އަހަރެންގެ ދޮރުމަތީގައި ވެސް އެމީހުން ތިބެދާނެ، އަހަރެންގެ އަވަށްޓެރިންނަށް ވެސް ވެދާނެ. ކޮންމެ ތަނަކަށް ދިޔަސް މިފަދަ ކަންކަން ހިނގާނެ،" އޭނާ ބުންޏެވެ.

    ފިލިޕް ފާހަގަކުރި ގޮތުގައި އޭނާ އެންމެ ބޮޑަށް ހައިރާންވަނީ ފޮރެސްޓް ސިޓީއަށް ބަދަލުވާ މީހުންގެ އަދަދު އިތުރުވަމުންދާތީއެވެ. "މި މަޝްރޫއުގެ ސަބަބުން އެތައް ބައެއްގެ ފައިސާ ގެއްލިއްޖެ. އެކަމަކު ފާއިތުވި ތިން މަސް ތެރޭގައި، އެޕާޓްމަންޓްތަކުގެ ބޮކިތައް ދިއްލިފައި ހުންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ކުރިން 20 ފްލެޓުން އެއް ފްލެޓް ދިއްލިފައި ހުރި ނަމަ، މިހާރު ކޮންމެ ފަސް ފްލެޓަކުން އެއް ފްލެޓް ހުރީ ދިއްލިފައި،" އޭނާ ބުންޏެވެ.

    ]]>
    Wed, 12 Aug 2026 11:03:54 +0500 ނިއުސް ޑެސްކް
    209 ކިލޯ ހުރި މީހަކު 50 ކިލޯ ލުއިކޮށްލި ބެރިއެޓްރިކް ސާޖަރީ https://heerasnews.com/4500 https://heerasnews.com/4500 ބަރުދަނުގައި 209 ކިލޯ ހުރުމުން ނޭވާލާން އުނދަގޫވި މީހަކު 50 ކިލޯ ލުއިކޮށްލީ އެއިމްސް ގެ ޑޮކްޓަރުންގެ ޓީމަކުން ބެރިއެޓްރިކް ސާޖަރީ ހަދައިގެންނެވެ. ނޭވާލުމަށް ހުރަސްއެޅޭ "ސްލީޕް އެޕްނިއާ" ބައްޔާއި، ފުއްޕާމޭގެ ނޭވާލުމުގެ ނިޒާމު ފޭލިވުމުގެ އިތުރުން، ބީ.އެމް.އައި 74 ގައި ހުރި އެ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ އޮޕަރޭޝަން ކުރުމުގެ ކުރިން، ޑޮކްޓަރުން ވަނީ 32 ދުވަސް ވަންދެން ތަފާތު ދާއިރާތަކުގެ މާހިރުންގެ އެހީގައި އޭނާއަށް ފަރުވާ ދީފައެވެ.

    ބޮޑުވަމުން އައިއިރު ހަށިގަނޑު ފަލަވަމުން ދިޔަ ވަރަކަށް އޭނާގެ ދިރިއުޅުން ދިޔައީ ދަތިވަމުންނެވެ. ފަސޭހައިން ހިނގާބިނގާވެ އުޅުމާއި، ގިނައިރު ކޮޅަށް ހުރުމާއި، ނޭވާލުމަކީ އޭނާއަށް ބޮޑު ތަކުލީފަކަށް ވިއެވެ. އޭނާގެ ބަނޑުގެ ވަށައިގެން ގާތްގަނޑަކަށް ދެ މީޓަރު ހުއްޓެވެ. ނިދީގައި ނޭވާ ހުއްޓޭ ބަލި (ސްލީޕް އެޕްނިއާ) ގެ ސަބަބުން ނޭވާލާން އުނދަގޫވެ، ސީ-ޕެޕް އެހީގައި ވެސް ނޭވާލުން ފަސޭހައެއް ނުވިއެވެ. އެންމެ ފަހުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކަރުން ލޯވަޅެއް ތޮރުފައި، ނޭވާލާ ހޮޅިއަށް ހޮޅިއެއް ލެއްވުން (ޓްރެކިއޯސްޓޮމީ) މަޖުބޫރުވިއެވެ. 

    އޭނާގެ ފުރާނަ ސަލާމަތްކުރުމަށް އޮތް ހަމައެކަނި މަގަކީ ބެރިއެޓްރިކް ސާޖަރީ ހެދުމެވެ. ބެރިއެޓްރިކް ސާޖަރީ ހެދުމުން އޭނާގެ ބަރުދަން 209 ކިލޯއިން ގާތްގަނޑަކަށް 160 ކިލޯއަށް ވަނީ ދަށްވެފައެވެ. އޭނާ މިހާރު އަންނަނީ ދިއްލީގެ އެއިމްސްގައި ކުރި ބޮޑު އޮޕަރޭޝަނަކަށް ފަހު ރަނގަޅުވަމުންނެވެ.

    އުމުރުން 32 އަހަރުގެ ވިވެކް ސަކްސޭނާ މިހާރު އަންނަނީ އާ އުންމީދުތަކަކާއެކު ދިރިއުޅުމުގެ އުފާ ހޯދަމުންނެވެ. އޭނާ އެންމެ ގަޔާވަނީ 90 ގެ އަހަރުތަކުގެ ލަވަތަކަށެވެ. ކުރިން ހުވަފެނެއް ފަދަ ކަމަކަށް ވެފައި އޮތް ކިޔެވުން ފުރިހަމަކޮށް، ގާނޫނީ ދާއިރާއިން ކުރިއަށް ގޮސް ކޯޕަރޭޓް ލޯޔަރަކަށް ވުމަކީ އޭނާގެ މިހާރުގެ އަމާޒެވެ. ނަމަވެސް، މިވަގުތު އާދައިގެ ކަންކަމުގައި ވެސް އޭނާ ކެތްތެރިވާން ޖެހެއެވެ.

    އޮޕަރޭޝަން ކުރުމަކީ ބޮޑު ގޮންޖެހުމެއް

    ވިވެކްގެ އުމުރުން ހަ އަހަރުގައި މަންމަ ނިޔާވިއިރު، އޭނާއަކީ ކުޑައިރުއްސުރެ ވެސް ފަލަ ކުއްޖެކެވެ. ކިޔެވުމަށް މޮޅުވި ނަމަވެސް، ކުލާހުގެ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ. އުމުރުން 19 އަހަރުގައި، ސާނަވީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދިތާ މާގިނަ ދުވަސްތަކެއް ނުވެ، އޭނާ ޑިޕްރެޝަނަށް މަގުފަހިވިއެވެ. އެކަމަށް ބޭނުންކުރި ބޭސްތަކުގެ ސަބަބުން އޭނާގެ އާދަތަކަށް ބޮޑު ބަދަލެއް އައެވެ. "އަހަންނަށް ވަރަށް ގިނައިން ކެވޭން ފެށި، އަދި ގިނަ ވަގުތު އޮންނަނީ ނިދާފައި،" ވިވެކް ކިޔައިދިނެވެ.

    2013 ވަނަ އަހަރު 120 ކިލޯގައި ހުރި އޭނާގެ ބަރުދަން، އޭގެ ފަހުން ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެކި ކަހަލަ ފަރުވާތަކާއި ޑައިޓްތައް ކޮށްގެން ވެސް ދިޔައީ އިތުރުވަމުންނެވެ. ޖޫން 16 ގައި އޭނާ އެއިމްސްއަށް ދިޔައިރު، ބަރުދަން ހުރީ 209 ކިލޯގައެވެ. އޭނާގެ ކިބައިގައި ލޭމަތިވުމާއި، ހަކުރު ބަލީގެ އަލާމާތްތަކާއި، ކޮލެސްޓްރޯލް މަތިވުމާއި، މޭ އެންދުމުގެ އިތުރުން ކަކުލުގެ ރިހުން ހުއްޓެވެ.

    ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޕްރޮފެސަރ ޑރ. މަންޖުނާތު މަރޫތީ ޕޯލް ވިދާޅުވި ގޮތުގައި، އެވަގުތު އޭނާއަކީ އޮޕަރޭޝަން ކުރެވޭ ފަދަ ހާލަތެއްގައި ހުރި މީހެއް ނޫނެވެ. ޓީމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޮޕަރޭޝަނުން އޭނާ ސަލާމަތްވާނެ ފަދަ ދަރަޖައަކަށް އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކުރެވޭނެ ކަމާމެދު އޮތް ކަންބޮޑުވުމެވެ.

    އޮޕަރޭޝަނުގެ ކުރިން ކުރެވުނު ތައްޔާރީތައް

    ދެން ފެށުނީ ވަރަށް ބުރަ މަސައްކަތެކެވެ. މިއީ ހަމައެކަނި އޮޕަރޭޝަނެއް ކުރުމެއް ނޫނެވެ. މީގައި ހޭނައްތާ ޑޮކްޓަރުންނާއި، އައި.ސީ.ޔޫގެ މާހިރުންނާއި، ކެއިންބުއިމުގެ މާހިރުން ހިމެނޭހެން ބޮޑު ޓީމެއް ބައިވެރިވިއެވެ. ފުރަތަމަ ކަމަކަށް އޭނާގެ ނޭވާލުން ހަމައަކަށް އަޅުވަން ޖެހުނެވެ. އަދި އޮޕަރޭޝަން މޭޒުމަތީގައި ބޭއްވޭ ފަދަ މިންވަރަކަށް ބަރުދަން ލުއިކުރަން ޖެހުނެވެ.

    32 ދުވަސް ވަންދެން ޑޮކްޓަރުންގެ ބެލުމުގެ ދަށުން ވަރަށް މަދު ކެލޮަރީ ހިމެނޭ ޑައިޓެއް ވިވެކްއަށް ދެވުނެވެ. މީގެ ސަބަބުން އޭނާގެ ބަރުދަން 209 ކިލޯއިން 172 ކިލޯއަށް ތިރިވިއެވެ. އަދި ބަނޑުގެ ވަށައިގެން ހުރި 198 ސެންޓިމީޓަރު، 178 ސެންޓިމީޓަރަށް ކުޑަވިއެވެ.

    އޮޕަރޭޝަން ކުރުމުގެ ފުރުސަތު ލިބުނީ އެއަށްފަހުގައެވެ. އޭނާގެ ހަށިގަނޑު ބޮޑުކަމުން، އާދައިގެ އޮޕަރޭޝަން މޭޒެއްގައި އޭނާ ނުބޭއްވޭތީ، އޮޕަރޭޝަން ކުރަން ޖެހުނީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދި އޭނާގެ އަމިއްލަ އެނދުގައެވެ.

    ޖުލައި 24 ގައި ކުރި މި އޮޕަރޭޝަނަށް ދެ ގަޑިއިރާއި 10 މިނެޓު ހޭދަވިއެވެ. އޮޕަރޭޝަނަށް ފަހު 13 ވަނަ ދުވަހު އޭނާއަށް ވާހަކަދެއްކި، ހިނގާބިނގާވެ އުޅެވޭވަރު ވިއެވެ. އޮގަސްޓް 6 ގައި ހޮސްޕިޓަލުން ދޫކޮށްލިއިރު، އޭނާގެ ބަރުދަނަކީ 160 ކިލޯއެވެ. މިއީ ފަރުވާ ފެށިއިރަށްވުރެ 50 ކިލޯގެ ލުއިވުމެކެވެ.

    އޮޕަރޭޝަން މުހިންމުވީ ކީއްވެ؟

    އެއިމްސްއިން ބުނި ގޮތުގައި މިއީ "މަލްޓިޑިސިޕްލިނަރީ ރެސްކިއު ސްޓްރެޓެޖީ" އެކެވެ. މީގެ މުހިންމުކަމަކީ ހަމައެކަނި އޮޕަރޭޝަން ކާމިޔާބުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، އޮޕަރޭޝަނުގެ ކުރިން ދެވުނު ފަރުވާއާއި ޑައިޓްގެ ސަބަބުން، އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ބެލެވުނު މީހަކު އޮޕަރޭޝަން ކުރެވޭ ފަދަ ހާލަތަކަށް ގެނައުމެވެ.

    ޑރ. މަންޖުނާތު ވިދާޅުވީ، މާބޮޑަށް ފަލަވުމަކީ ހަމައެކަނި ބަރުދަން އިތުރުވުމެއް ނޫން ކަމަށާއި، އެއީ ސިއްހީ ނުރައްކާތައް އިތުރުވުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މާބޮޑަށް ފަލަވުމަކީ ހަމައެކަނި ކެއުން ކޮންޓްރޯލް ނުކުރެވުމުގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ހަށިގަނޑުގެ ބަޔޮލޮޖީއާ ގުޅިފައިވާ ބައްޔެއް ކަމަށެވެ. އެހެންކަމުން، ހަމައެކަނި "މަދުން ކައިފައި ގިނައިން ކަސްރަތު ކުރާށޭ" ބުނުމަކުން މިފަދަ ބަލިމީހުންނަށް ހައްލެއް ނުލިބޭނެއެވެ.

    ދިރިއުޅުމަށް އައި އާ އުންމީދެއް

    އޮޕަރޭޝަނަކީ ފަރުވާގެ ނިމުމެއް ނޫނެވެ. ވިވެކް އަދިވެސް ހުރީ ހަމައެކަނި ދިޔާ އެއްޗެހި ބޯ ޑައިޓެއްގައެވެ. ކަރުގައި ލައްވާފައިވާ ހޮޅީގެ ސަބަބުން އޭނާއަށް އަދި ހަރު އެއްޗެހި ނުކެވޭތީއެވެ. ނަމަވެސް، އޭނާގެ ހަށިގަނޑަށް އައި ބަދަލާއެކު އޭނާގެ ވިސްނުން ވެސް ވަނީ ބަދަލުވެފައެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ދިއްލީ ޔުނިވަރސިޓީގައި ބީ.ކޮމް ކިޔެވުމަށެވެ. އެއަށްފަހު ގާނޫނީ ދާއިރާއިން ކުރިއަށް ދިއުމަށެވެ. "މިހާރު އަހަރެންނަށް ނޭވާލާން އުނދަގުލެއް ނުވޭ،" ވިވެކް ބުންޏެވެ. އޭނާގެ މުޅި ދިރިއުޅުން މިހާރު ވަނީ އާ މިސްރާބަކަށް އެނބުރިފައެވެ.

    ]]>
    Tue, 11 Aug 2026 03:56:42 +0500 ނިއުސް ޑެސްކް
    ބަފަޔަކު އޭނާގެ ދެ އަންހެން ދަރިން މަރާލައިފި https://heerasnews.com/4499 https://heerasnews.com/4499 އިންޑިއާގެ ބެންގަލޫރުގެ ފަސްތަރީގެ ހޮޓަލެއްގެ ކޮޓަރިއެއްގައި، ހޯމަ ދުވަހު އުމުރުން 5 އަހަރާއި 10 އަހަރުގެ ދެ އަންހެން ދަރިން މަރާލާފައިވާ ކަމަށް ތުހުމަތުކުރެވެނީ އެ ކުދިންގެ ބައްޕައަށެވެ. ފުލުހުން އެ ކޮޓަރިއަށް ދިޔައިރު އެ މީހާ ދިރިއޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

    ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ ބެންގަލޫރުގެ ނޯތު ނަގަވާރު މެއިން ރޯޑަށް ނިސްބަތްވާ، އުމުރުން 40 އަހަރުގެ އެސް.ޖީ އިމްރާން އަށެވެ.

    ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހޮޓަލުގެ ސެކިއުރިޓީ މެނޭޖަރުގެ ފަރާތުންނެވެ. ފުލުހުން އެ ކޮޓަރިއަށް ވަންއިރު އިމްރާން އޮތީ ބިމަށް ވެއްޓިފައެވެ. އެއާއެކު އޭނާ ވަނީ ފަރުވާއަށްޓަކައި ވަގުތުން މަނީޕާލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

    ފުލުހުންނަށް ފެނިފައިވާ ނޯޓަކާ ހަވާލާދީ ބުނެފައިވަނީ، އިމްރާނާއި އޭނާގެ އަންހެނުންނާ ދެމެދު ކައިވެނީގެ މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި، އަންހެނުން އޭނާއަށް ވަފާތެރިނުވާ ކަމަށް އިމްރާން ތުހުމަތުކޮށްފައިވާ ކަމަށެވެ.

    ކެބް ސަރވިސް ކުންފުންޏެއްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ އިމްރާން، އޭނާގެ ދެ ދަރިންނާއެކު އެ ހޮޓަލަށް ވަދެފައިވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސި 7 ޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ހޯމަ ދުވަހުގެ މެންދުރު 12 ޖަހާއިރު އެމީހުން ހޮޓަލުން ނުކުންނަން ޖެހެއެވެ.

    ނަމަވެސް، ކަނޑައެޅިފައިވާ ގަޑިއަށް ހޮޓަލުން ނުނިކުތުމުން، އެ ދުވަހުގެ ހަވީރު 4:30 ހާއިރު ހޮޓަލުގެ މުވައްޒަފުން އެ ކޮޓަރި ބަލަން ދިޔައެވެ. ކޮޓަރިން އެއްވެސް ޖަވާބެއް ނުލިބުމުން " މާސްޓަރ ކީ" ބޭނުންކޮށްގެން ކޮޓަރި ހުޅުވިއިރު، ދެ ކުދިން މަރުވެފައި ތިއްބާ ފެނުނުއިރު، އިމްރާން އޮތީ ހަބަރު ހުސްވެފައެވެ.

    ]]>
    Tue, 11 Aug 2026 02:58:53 +0500 ނިއުސް ޑެސްކް
    ކިޔަވާކުދީން ބެރިކޭޑްތައް ގިރާކުރުމުން ފެންބަޑި ޖަހައިފި https://heerasnews.com/4498 https://heerasnews.com/4498 ޖާރްކަންޑްގެ ކިޔަވާކުދިން ކުރަމުންދާ އިހުތިޖާޖު: ހޯމަ ދުވަހުގެ ހެނދުނު އިހުތިޖާޖުގެ ބައިވެރިން ސްޓޭޓް އެސްލެމްބްލީއާ ދިމާލަށް ކުރިއަށް ދިޔަ މަގުމަތީގައި ޖަހާފައިވާ ކައްޓިނަރުގެ ފެންސްތަކާއި ސަލާމަތީ ހުރަސްތައް ގިރާކުރުމާ ގުޅިގެން، އެ މީހުން ހުއްޓުވުމަށް ފުލުހުން ފެންބަޑި ޖަހާފިއެވެ.

    ކިޔާވާކުދިންކުރާ މި އިހުތިޖާޖަކީ ޖޭ.ޕީ.އެސް.ސީ އާއި ޖޭ.އެސް.އެސް.ސީ އިމްތިހާނުތަކުގައި ހިނގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި އުސޫލުން ބޭރު ކަންތައްތަކާ ދެކޮޅަށް ކުރިއަށްދާ ހަރަކާތެކެވެ. މި ހަރަކާތުގައި އިސްކޮށް އުޅޭ ދޭވެންދުރަ ނާތު މަހާޓޯ، ހުރީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައެވެ. ނުވަ ދުވަސް ވަންދެން ކެއުމުން މަހުރޫމްވެ ހުރުމުގެ ސަބަބުން 10.5 ކިލޯ ބަރުދަން ލުއިވެ ވަރަށް ބޮޑަށް ބަލިވެފައި ހުއްޓާވެސް އެމްބިއުލާންސެއްގައި އައިސް އިހުތިޖާޖުގެ ބައިވެރިންނާ ވަނީ ގުޅިފައެވެ. 

    ވަޒީފާގެ ފުރުސަތުތަކަށް އެދި ތިބި އެތައް ހާސް ކުދިންނެއް، އިމްތިހާނުތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، މިއަދު ހެނދުނު ވަނީ ސްޓޭޓް އެސެމްބްލީއާ ދިމާލަށް ހިނގާލުމެއް ފަށާފައެވެ. ގިނަ ބަޔަކު ވިދާން ސަބާއާ ހަމައަށް ފޯރާފައިވާއިރު، މިއީ މި އިހުތިޖާޖަށް 17 ދުވަސް ފުރުނު ދުވަހެވެ. ބައިވެރިން ދަނީ ގައުމީ ދިދައާއި އެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުއުފުލަމުންނެވެ.

    މީގެ އިތުރުން، މި މައްސަލައިގައި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށްޓަކައި ޗީފް މިނިސްޓަރު ހެމަންތު ސޮރެންގެ ގެކޮޅު ކުރިމަތީގައި އިށީނދެވަޑައިގެން ތިއްބެވި ކުރީގެ ޗީފް މިނިސްޓަރު ބާބޫލާލް މަރަންޑީ އާއި އަދިތްޔާ ސާހޫ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ ބޭފުޅުން ގޮވާލައްވަމުން ގެންދެވީ އިމްތިހާނުތަކުގެ މައްސަލަ ސީ.ބީ.އައި މެދުވެރިކޮށް ތަހުގީގު ކުރުމަށެވެ.

    މި ހިނގާލުން ބޭއްވެނީ، 14 ވަނަ ޖޭ.ޕީ.އެސް.ސީ ކޮމްބައިންޑް ސިިވިލް ސާވިސަސްގެ ޕްރިލިިމިނަރީ އިމްތިހާނު ހިމެނޭހެން ތިން އިމްތިހާނެއް ބާތިލުކުރުމަށް ސަރުކާރުން އެއްބަސްވިތާ އެއްދުވަސް ފަހުންނެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ޖޭ.ޕީ.އެސް.ސީގެ ތިން މެންބަރަކުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ކިޔަވާކުދިންގެ ފަރާތުން ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުގައި މިނިސްޓަރުން ކަމަށްވާ ދީޕިކާ ޕާންޑޭ ސިންގް، ސަންޖޭ ޕްރަސާދު ޔާދަވް އަދި ޗަމްރާ ލިންޑާ ބައިވެރިވެވަޑައިގެންނެވިއެވެ.

    ދަރިވަރުންގެ ލީޑަރު ރަވިންދުރަ ޕަސްވާން ބުނި ގޮތުގައި، މި ހިނގާލުމަކީ ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާ ހަރަކާތެކެވެ. އޭނާ ވަނީ އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދިނުމަށާއި، ފުލުހުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިފައެވެ.

    މި ހަރަކާތާ ގުޅިގެން ރާންޗީގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެސްލެމްބީ ހިމެނޭ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް، ގިނަ އަދަދެއްގެ ފުލުހުންނާއި ހަމަނުޖެހުން ކޮންޓްރޯލްކުރާ ވެހިކަލްތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

    ސަރުކާރުން ބުނާ ގޮތުގައި ދަރިވަރުންގެ ހުށަހެޅުންތަކުގެ 98 އިންސައްތަ މިހާރު ވަނީ ގަބޫލުކޮށްފައެވެ. ނަމަވެސް، އިހުތިޖާޖުގެ ބައިވެރިން ބުނަނީ އެ މީހުންގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަވަންދެން ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. 

    އިހުތިޖާޖުގެ ތެރޭގައި ފުލުހުން ފެންބަޑި ޖަހަން ފެށުމުން، ބައެއް ބައިވެރިން އެ ފެނުން ފެންވަރައި، އެކަމަށް ފަރުވާލެއް ނެތްކަން ދައްކުވައިދީފައިވާ މަންޒަރުތައް ވެސް ވަނީ ފެނިފައެވެ. މިއީ ޒުވާނުންގެ ވަޒީފާގެ މުސްތަގުބަލާ ގުޅިފައިވާ، ގިނަ ދުވަސްތަކެއް ވަންދެން ހިތްހަމަނުޖެހުން އުފެދިފައިވާ މައްސަލައެއްކަން ފާހަގަކުރެވެއެވެ.   

    ]]>
    Mon, 10 Aug 2026 13:37:17 +0500 ނިއުސް ޑެސްކް
    މުވައްޒަފަކު ރޭޕްކޮށްގެން ނޫސްވެރިއަކު 10 އަހަރަށް ޖަލަށް https://heerasnews.com/4495 https://heerasnews.com/4495 އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ތަރުން ތޭޖްޕާލް، އޭނާގެ ދަށުން މަސައްކަތްކުރި މުވައްޒަފަކު ރޭޕްކުރިކަން ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

    އިންޑިއާގެ ތަހުގީގީ މަޖައްލާއެއް ކަމަށްވާ "ތެހެލްކާ" މެގަޒިންގެ ކުރީގެ އެޑިޓަރު ތަރުން ތޭޖްޕާލްގެ މައްޗަށް މީގެ ކުރިން 2021 ވަނަ އަހަރު ދަށު ކޯޓުން ކުރި ބަރީއަވުމުގެ ހުކުމް ބާތިލުކޮށް، އޭނާ 10 އަހަރަށް ޖަލަށްލުމަށް ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ. މިއީ މުޅި އިންޑިއާގެ ސަމާލުކަން ހުއްޓުނު ބޮޑު މައްސަލައެކެވެ.

    އުމުރުން 63 އަހަރުގެ ތޭޖްޕާލްގެ މައްޗަށް ތުހުމަތު ކުރެވުނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގޯއާގައި ބޭއްވި ހަރަކާތެއްގެ ތެރެއިން، ފަސްތަރީގެ ހޮޓަލެއްގެ ލިފްޓް ތެރޭގައި އޭނާގެ ދަށުން މަސައްކަތްކުރި އަންހެން ނޫސްވެރިޔަކު ރޭޕްކުރި ކަމަށެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ހަތް މަސް ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު، ސުޕްރީމް ކޯޓުން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލިއެވެ.

    2021 ވަނަ އަހަރު ގޯއާގެ ކޯޓަކުން ނިންމީ ރޭޕްކުރުމާއި، ޖިންސީ ގޯނާކުރުމާއި، ނުހައްގުން މީހަކު ހިފެހެއްޓުމުގެ ދައުވާތަކުން ތޭޖްޕާލް ބަރީއަވެފައިވާ ކަމަށެވެ. ނަމަވެސް، ގޯއާ ސަރުކާރުން މި ނިންމުން ބޮމްބޭ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، މިދިޔަ ބުރާސްފަތި ދުވަހު އޭނާ 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

    މި މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރު ސުނީތާ ސާވަންތު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، ތޭޖްޕާލްގެ މައްޗަށް 10 އަހަރުގެ ބުރަ މަސައްކަތާއެކު ޖަލަށްލުމުގެ ހުކުމެއް އިއްވާފައިވާ ކަމަށާއި، އަމިއްލައަށް ފުލުހުންނާ ހަވާލުވުމަށް ދެ ހަފުތާގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މީގެ އިތުރުން 3900 ޕައުންޑުން އޭނާ ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

    ނަމަވެސް ތޭޖްޕާލް ބުނަމުންދަނީ މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އޭނާ ކުރިން ބުނެފައިވަނީ އެ ހާދިސާއަކީ "ވިސްނުމުގެ ކުށަކުން" ހިނގި ކަމެއް ކަމަށެވެ. އެކަމަކު ފަހުން އޭނާ ވަނީ މިއީ ގޯއާގެ ބީޖޭޕީ ސަރުކާރުން އޭނާއާ ދެކޮޅަށް ހިންގާ ސިޔާސީ ބަދަލުހިފުމެއް ކަމަށް ތުހުމަތުކޮށްފައެވެ.

    މި މައްސަލަ ފެންމަތިވީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިއްލީގެ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕްކޮށް މަރާލި ހާދިސާއާ ގުޅިގެން، އިންޑިއާގައި ޖިންސީ ގޯނާގެ މައްސަލަތަކަށް ދޭ ސަމާލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި ބޮޑެތި މުޒާހަރާތަކެއްކޮށް، ސަރުކާރުން ވަނީ ރޭޕްގެ ގާނޫނުތައް ވަރުގަދަކޮށްފައެވެ.

    ތޭޖްޕާލްގެ މި މައްސަލައިގެ ސަބަބުން، މީގެ ކުރިން އަންހެނުންގެ ހައްގުތަކަށާއި އިޖުތިމާއީ އިންސާފަށް ވަކާލާތު ކުރަމުން އައި "ތެހެލްކާ" މަޖައްލާގެ އިތުބާރާއި ގަދަރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. މިހާރު އެ މަޖައްލާ އާ މެނޭޖްމަންޓެއްގެ ދަށުން ހިންގަމުން ދިޔަ ނަމަވެސް، 2013 ގެ ކުރިން އޮތް ބާރާއި ނުފޫޒު މިހާރު ވަނީ ގެއްލިފައެވެ.

    ]]>
    Mon, 10 Aug 2026 08:36:26 +0500 ނިއުސް ޑެސްކް
    މަގޭ މީހަކަށް ނުވާނަމަ، ކަލޭގެ މީހަކަށް ވިޔަކަ ނުދޭނަން https://heerasnews.com/4493 https://heerasnews.com/4493 އިންޑިއާގެ ފަރީދާބާދުގެ ސިކްރޯނާގައި ހުންނަ ސަރަސްވަތީ ސީނިއާ ސެކަންޑަރީ ސުކޫލުގެ މުދައްރިސެއް ކަމަށްވާ ސަންދިޔާ ކަރްހާޖާގެ ހަނދާން އައުކުރުމަށްޓަކައި، މިދިޔަ ބުދަ ދުވަހު އެ ސުކޫލުގައި ހާއްސަ ދީނީ ރަސްމިއްޔާތެއް ބޭއްވިއެވެ. ސަންދިޔާއަކީ ކިޔަވައިދިނުމަށް ނުހަނު ލޯބިކުރި، ދަރިވަރުންގެ މެދުގައި މަގުބޫލު މުދައްރިސެކެވެ. ސުކޫލުގެ އާދައިގެ ދުވަހެއް ބިރުވެރިކަމަކަށް ބަދަލުވެގެންދިޔަ އެ ތަނުން މިހާރު ފެންނަން ހުރީ ހިކިފައިވާ ލޭގެ ނިޝާންތަކެވެ.

    މާސްކެއް އަޅައިގެން ހުރި 21 އަހަރުގެ ޒުވާނަކު، ރޯމާ ދުވާލު ސުކޫލަށް ވަދެ، ސަންދިޔާ ކުލާސްރޫމުން ބޭރަށް ދަމާނެރުނެވެ. އަދި މަދުވެގެން 20 ފަހަރު ވަޅިޖަހައި އޭނާ މަރާލި ހާދިސާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެ ސުކޫލުގެ ދޮރުތައް ހުރީ ބަންދުކޮށްފައެވެ.

    ހަރިޔާނާގެ ފަރީދާބާދަށް އުފަން ސަންދިޔާއަކީ ވިކާސް ކަރްހާޖާ "ވިކީ" އާ ލޯބީގެ ގޮތުން ގުޅިގެން މީގެ ހަތް އަހަރު ކުރިން ކައިވެނިކޮށްގެން އުޅުނު އުފާވެރި އަނތްބެކެވެ. އޭނާ ސަރަސްވަތީ ސުކޫލާ ގުޅުމުގެ ކުރިން އެ ސަރަހައްދުގެ އެކި އަމިއްލަ ސުކޫލުތަކުގައި ކިޔަވައިދީފައިވެއެވެ. މިދިޔަ ހޯމަ ދުވަހުގެ ހެނދުނަކީ އުމުރުން 30 އަހަރުގެ ސަންދިޔާ އެންމެ ފަހުން ކިޔަވައިދިން ވަގުތެވެ.

    ހެނދުނު 9:40 ހާއިރު ކޮޓް އަވަށުގެ އަމިތު ނަމަކަށް ކިޔާ ޒުވާނަކު ސުކޫލަށް ވަދެ، ސަންދިޔާ މަރާލުމަށްފަހު ސައިކަލެއްގައި ފިލިއެވެ. ނަމަވެސް، ހާދިސާ ހިނގިތާ ދެ ގަޑިއިރު ތެރޭގައި ފުލުހުން އޭނާ ހައްޔަރުކުރިއެވެ. ސަންދިޔާގެ އާއިލާއިން ބުނާ ގޮތުގައި، އަމިތަކީ މީގެ ކުރިން ސަންދިޔާ ކިޔަވައިދިން ސުކޫލެއްގެ ދަރިވަރެކެވެ. އަމިތު ސަންދިޔާއާ ގާތްވާން ކުރި މަސައްކަތްތަކަށް ސަންދިޔާ އިންކާރުކޮށް، އޭނާއާ ވާހަކަދެއްކުން ހުއްޓާލިއެވެ.

    "މީގެ ނުވަ މަސް ކުރިން، ސަންދިޔާ އޭނާއާ ވާހަކަދެއްކުން ހުއްޓާލުމުން އޭނާ ފަހަތުން އަޅުވާލަން ފެށި. ފުލުހަށް މައްސަލަވެސް ހުށަހެޅިން. އެކަމަކު އޭނާގެ އާއިލާގެ މީހުން އައިސް އާދޭސްކޮށް، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދުނު. އެމީހުން އެ ކުއްޖާ އިސްލާހުކުރާނެ ކަމަށް ބުނުމުން އެކަން ދޫކޮށްލީ،" ކަމަށް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ސަންދިޔާގެ ފިރިމީހާ ވިކާސް ބުންޏެވެ.

    ނަމަވެސް އެކަން އެހިސާބުން ނިމުމަކަށް ނައެވެ. ތިން މަސް ފަހުން އަލުން އުނދަގޫ ކުރަން ފެށުމުން ވިކާސް އަމިތުގެ ގެއަށް ގޮސް އާއިލާއާ ވާހަކަ ދެއްކިއެވެ. އެ ފަހަރުވެސް އާއިލާއިން ބުނީ ހަމަ އެކައްޗެކެވެ. ސަންދިޔާގެ ތިމާގެ މީހެއް ކަމަށްވާ ޕަވަން ކުމާރު ބުނި ގޮތުގައި، މީގެ މަހެއް ކުރިން އަމިތު ވަނީ ވިކާސް މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. "އޭނާ ބުނި، 'އޭނާ (ސަންދިޔާ) މަގޭ މީހަކަށް ނުވާނަމަ، ކަލޭގެ މީހަކަށް ވިޔަކަވެސް ނުދޭނަމޭ'. އަމިތުގެ ބޭބެ ރަވީއަށް މި ހުރިހާ ކަމެއް އެނގޭ އިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާ. މިއީ ރޭވިގެން ހިންގާފައިވާ ކަމެއް،" އޭނާ ބުންޏެވެ.

    ސުކޫލުގެ ސަލާމަތީ ކަންކަމާ މެދުވެސް އާއިލާއިން ވަނީ ސުވާލު އުފައްދާފައެވެ. މާސްކެއް އަޅައިގެން ހުރި މީހަކު، އެއީ ސަންދިޔާގެ ފިރިމީހާ ކަމަށް ބުނުމުން އެއްވެސް ހުރަހެއް ނެތި އެތެރެއަށް ވައްދާފައިވާތީ އެކަމާ އާއިލާއިން ކަންބޮޑުވުން ފާޅުކުރިއެވެ.

    ސަންދިޔާގެ މަރާއެކު އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅާއި ތިން އަހަރުގެ އަންހެން ދަރިފުޅު މަންމަ ކޮބައިތޯ ކެނޑިނޭޅި ސުވާލު ކުރަމުންދެއެވެ. ސަންދިޔާގެ މަންމަ ސުދާ ދޭވީ ކަރުނަ އަޅަމުން ބުނީ، "މިއަދު މި ގެއަކީ ކަށްވަޅެއް ފަދަ ތަނަކަށް ވެއްޖެ" ކަމަށެވެ.

    ސުކޫލުގެ ވެރިޔާ ޑރ. ތޭޖްޕާލް ޝަރުމާ ވިދާޅުވީ ސަންދިޔާއަކީ ހުރިހާ ކުދިންގެ ލޯބި ލިބިފައިވާ މުދައްރިސެއް ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާ ސަންދިޔާ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް، ހަމަލާދިން މީހާ އޭނާއަށްވެސް އިންޒާރުދީ ބިރުދެއްކި ކަމަށް ވިދާޅުވިއެވެ. ސުކޫލުގެ ފަރާތުން ސަންދިޔާގެ ދެ ދަރިންގެ ތައުލީމީ ހަރަދު ބަލަހައްޓާނެ ކަމަށް ބުނި ނަމަވެސް، އާއިލާއިން އެކަން ގަބޫލެއް ނުކުރެއެވެ. އާއިލާއިން އެދެނީ އެ މީހާއަށް މަރުގެ އަދަބު ދިނުމަށެވެ.

    ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހައްޔަރުކުރެވުނު އަމިތު ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ.

    ]]>
    Sun, 09 Aug 2026 15:08:26 +0500 ނިއުސް ޑެސްކް
    ފުލުހުންނާއެކު މަސައްކަތްކުރާ ބަޔަކު އަންހެނަކު ވަގަށްނަގާ ރޭޕްކޮށްފި https://heerasnews.com/4492 https://heerasnews.com/4492 އިންޑިއާގެ ވެސްޓް ބެންގޯލްގެ ޖަލްޕައިގުރީ ޑިސްޓްރިކްޓްގެ ދޫޕްގުރީ ފުލުސް ސްޓޭޝަނުގައި މަސައްކަތްކުރާ ތިން ސިވިކް ވޮލަންޓިއަރަކު ވެގެން، އަންހެނަކު ވަގަށް ނަގައި ތިން ދުވަސް ވަންދެން ތަކުރާރުކޮށް ރޭޕްކުރި ކަމުގެ ތުހުމަތު ފެންމަތިވެއްޖެއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފިލައިގެން އުޅޭ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

    ހައްޔަރުކޮށްފައިވަނީ ދޫޕްގުރީގެ ބޭމްތިއާ ސަރަހައްދަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ބުލްބުލް އާލަމް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ދޫޕްގުރީ ފުލުސް ސްޓޭޝަނުގައި މަސައްކަތްކުރާ ސިވިކް ވޮލަންޓިއަރެކެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ އަނެއް ދެ މީހުންނަކީވެސް ހަމަ އެ ސްޓޭޝަނުގައި މަސައްކަތްކުރާ ބައެކެވެ.

    މެކްލިގަންޖް ފުލުސް ސްޓޭޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން، ޖަލްޕައިގުރީ އަދި ކޫޗް ބެހާރް ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. މި އޮޕަރޭޝަނުގައި އާލަމް ހައްޔަރުކޮށް، ސުވާލުކުރުމަށްޓަކައި ކޫޗް ބެހާރް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

    ޖަލްޕައިގުރީގެ އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސޯތަމް ބެނަޖީ ވިދާޅުވި ގޮތުގައި، ޒުވާން އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އެކަކު ވަނީ ހައްޔަރުކުރެވިފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ހާދިސާ ހިނގި ސަރަހައްދުގެ ގޮތުން މައްސަލަ ތަހުގީގު ކުރަމުންދަނީ މެކްލިގަންޖް ފުލުސް ސްޓޭޝަނުން ކަމަށާއި، ޖަލްޕައިގުރީ ފުލުހުން އެހީތެރިކަން ފޯރުކޮށްދެނީ އެ ފަރާތުން އެދުމާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ފުލުހުންގެ މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، މިދިޔަ ހަފުތާގައި މި ތިން މީހުންވެގެން އެ އަންހެން މީހާ ވަގަށް ނަގައިގެން ދޫޕްގުރީއަށް ގެންގޮސް، ކުއްޔަށް ހިފާފައިވާ ގެއެއްގައި ބަންދުކުރިއެވެ. އަދި އެތަނުގައި ތިން ދުވަސް ވަންދެން އޭނާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވެއެވެ. މި މައްސަލައިގެ ތަހުގީގު ފެށީ އަނިޔާ ލިބުނު އަންހެން މީހާ މެކްލިގަންޖް ފުލުސް ސްޓޭޝަނަށް ލިޔުމުން މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. ތަހުގީގުން އެނގުނު ގޮތުގައި މި ތިން މީހުންނަކީވެސް ފުލުހުންނާއެކު އާދައިގެ ހެދުމުގައި ޑިއުޓީ އަދާކުރާ ސިވިކް ވޮލަންޓިއަރުންނެވެ.

    ފުލުހުން ބުނާ ގޮތުގައި މި މީހުންނަކީ މީގެ ކުރިންވެސް މިފަދަ ކުށްތައް ތަކުރާރުކޮށް ކުރަމުންދިޔަ ބައެކެވެ. އަދި މީގެ ކުރިންވެސް ބައެއް މީހުންނަށް މިފަދަ އަނިޔާތައް ދީފައިވާ ކަމަށް ބެލެވޭ އިރު، އެ މީހުންނަކީ ފުލުސް ސްޓޭޝަނުގައި މަސައްކަތްކުރާ ބައެއް ކަމަށްވާތީ ބިރުން އެއްވެސް މީހަކު މައްސަލަ ހުށަނާޅައި ތިބީއެވެ. މިހާރު މި ހުށަހެޅުނު މައްސަލައާ ގުޅިގެން، ކުށްވެރިންނަށް ހަރުކަށި އަދަބު ދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.

    މި ހާދިސާއާ ގުޅިގެން ސިޔާސީ މަސްރަހުވެސް ވަނީ ހޫނުވެފައެވެ. ތުރިނަމޫލް ކޮންގްރެސް އިން ވަނީ ވެސްޓް ބެންގޯލްގެ އަންހެނުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި، ބީޖޭޕީ ސަރުކާރަށް ފާޑުކިޔާފައެވެ. އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދޫޕްގުރީގައި ހިނގި މި ބިރުވެރި ހާދިސާއިން ދޭހަވަނީ އަންހެނުންގެ ރައްކާތެރިކަމާ މެދު ސަރުކާރުން ވީ ވައުދުތަކަކީ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ސިޔާސީ ފައިދާއަށް ބަލައިގެން ބައެއް ހާދިސާތަކުގައި އެކަނި އަޑުއުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

    ]]>
    Sun, 09 Aug 2026 10:38:00 +0500 ނިއުސް ޑެސްކް
    އެކަނިއުޅޭ މީހަކު މަރުވިކަން ނޭނގި އަހަރަކަށްފަހު ފެނުނީ ކަށިގަނޑު https://heerasnews.com/4491 https://heerasnews.com/4491 ބެންގަލޫރުގެ ބަގަލަގުންޓޭ ސަރަޙައްދުގައި އެކަނި ދިރިއުޅެމުންދިޔަ 57 އަހަރުގެ އަންހެނަކު، އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ އަންހެންމީހާ ފެނުނުއިރު އޮތީ ހަމައެކަނި ކަށިގަނޑެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވިތާ މިހާރު ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެދާނެއެވެ.

    މަރުވެފައިވަނީ ދަކްޝަޔިނީ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ އޭނާ ދިރިއުޅޭ ދެބުރި އިމާރާތުގެ ތެރެއިންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އެ ގެ ބަންދުކޮށްފައި ހުރުމުން އުފެދުނު ޝައްކުތަކަކާ ގުޅިގެން، އާންމުން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

    ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި، އެ ގެއަށް އެއްވެސް ބަދަލެއް ނައިސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ކުއްޔަށް ދިނުމުގެ ބޭނުމުގައި ގެ ބަލަން ދިޔަ ބްރޯކަރުންގެ ބަޔަކަށް ގޭގެ ދޮރު ހުޅުވޭގޮތް ނުވުމުން، ކަމެއް ގޯސްވެފައިވާ ކަމަށް ޝައްކުކުރެވިގެން ފުލުހުންނަށް އެންގީއެވެ.

    ބަގަލަގުންޓޭ ފުލުހުންގެ ޓީމަކުން އެ ގެއަށް ގޮސް ބެލިއިރު، ދަކްޝަޔިނީގެ ކަށިގަނޑު ވަނީ ފެނިފައެވެ. އޭނާ މަރުވި ސަބަބާއި މަރުވި ވަގުތު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

    ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ދަކްޝަޔިނީއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭނާ އެކަނި ދިރިއުޅެން ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ. 2005 ވަނަ އަހަރު އޭނާގެ ފިރިހެން ދަރިފުޅު ބަލިވެ އުޅުމަށްފަހު މަރުވުމާ ގުޅިގެން، އޭނާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. އެ ހިތާމައިގެ ސަބަބުން އޭނާއަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެ، 'ސްކިޒޮފްރީނިއާ' ބަލި ހުންނަކަން ވަނީ ދެނެގަނެވިފައެވެ.

    އޭނާގެ އާއިލާއިން އައީ އޭނާއަށް ފަރުވާ ދިނުމާއި އޭނާގެ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވަމުންނެވެ.

    ]]>
    Sun, 09 Aug 2026 10:07:53 +0500 ނިއުސް ޑެސްކް
    މެޑިކަލް ޓީމަށް މަރަޑޯނާގެ ފުރާނަ ސަލާމަތްކުރެވުނީސް https://heerasnews.com/4489 https://heerasnews.com/4489 އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މަރުގެ މައްސަލައިގައި އަލުން ފެށި ޝަރީއަތުގައި ޕްރޮސެކިއުޓަރުން ވިދާޅުވީ، އޭނާ ބެލެހެއްޓި މެޑިކަލް ޓީމަކީ "އަމިއްލަ އެދުން ބޮޑު، ތަޖުރިބާނެތް ބައެއް" ކަމަށާއި، އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ލިބުނު ފުރުސަތު އެ ފަރާތްތަކުން ނަގާލާފައިވާ ކަމަށެވެ. އަދި މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ހުއްޓެން ފަށާފައިވާ ކަމަށްވެސް ޕްރޮސެކިއުޓަރު ފާހަގަ ކުރެއްވިއެވެ. މަރަޑޯނާގެ މަރުގެ މައްސަލައިގައި ދައުވާކުރާ ފަރާތުން ބުނާގޮތުގައި، އޭނާގެ މެޑިކަލް ޓީމަށް އޭނާގެ ފުރާނަ ސަލާމަތްކުރެވުނީހެވެ.

    މަރަޑޯނާގެ މަރުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ސިއްހީ ދާއިރާގެ ހަތް މުވައްޒަފުންގެ ޝަރީއަތް އަލުން ފަށާފައިވަނީ، މީގެ ކުރިން ކުރިއަށްދިޔަ ޝަރީއަތުގެ ފަނޑިޔާރަކު މި މައްސަލައާ ގުޅޭ ޑޮކިއުމެންޓްރީއެއްގައި ފެނުމާ ގުޅިގެން އެ ޝަރީއަތް މެދުކަނޑާލިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

    ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މަރަޑޯނާ މަރުވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އުމުރުން 60 އަހަރުގައެވެ. އޭނާ މަރުވީ ސިކުނޑީގައި އުފެދުނު ލޭކޮޅެއް ނެގުމަށް ކުރި އޮޕަރޭޝަނަށްފަހު، ގޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާގެ މެޑިކަލް ޓީމުގެ މައްޗަށް ކުރަނީ ގޭގައި ފަރުވާ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމުގެ ތުހުމަތެވެ.

    އާ ޝަރީއަތް ފައްޓަވަމުން ޕްރޮސެކިއުޓަރު ޕެޓްރިސިއޯ ފެރާރީ ވިދާޅުވީ، މަރަޑޯނާއަށް ފަރުވާ ދިނީ އެއްވެސް ފަންނީ ގާބިލްކަމެއް ނެތް ބައެއް ކަމަށާއި، އެމީހުންގެ އިހުމާލުން މަރަޑޯނާ އުފުލަންޖެހުނު ތަކުލީފުތަކަކީ "އިހާނެތި" އަމަލުތަކެއް ކަމަށެވެ. "މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާގެ ފުރާނަ ދާން ފަށައިފި. އޭނާ މަރުވުމުގެ އެންމެ ފަހު ހަފުތާގެ ތެރޭގައިވެސް، އެމްބިއުލާންސެއްގައި ނުވަތަ ކާރެއްގައި ނަމަވެސް ކްލިނިކަކަށް ގެންދެވުނު ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީސް،" ފެރާރީ އިތުރަށް ވިދާޅުވިއެވެ.

    މަރަޑޯނާ މަރުވީ އޮޕަރޭޝަނަށްފަހު ދެ ހަފުތާ ފަހުން، ހިތް ހުއްޓިގެންނާއި ފުއްޕާމޭގައި ފެން ހެދިގެންނެވެ. 1986 ވަނަ އަހަރު އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ޑިއޭގޯ މެރެޑޯނާ އަކީ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެކެވެ.

    ޝަރީއަތް ފެށުނުއިރު މަރަޑޯނާގެ ދަރިން ކަމަށްވާ ޑަލްމާ، ގިއާނީނާ އަދި ޖަނާގެ އިތުރުން އޭނާގެ ކުރީގެ ބައިވެރިޔާ ވެރޯނިކާ އޮޖޭޑާ ކޯޓަށް ހާޒިރުވެ ތިއްބެވެ. އޮޖޭޑާ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، އޭނާ ބޭނުންވަނީ މަރަޑޯނާއަށް އިންސާފު ލިބުން ކަމަށާއި، އެއީ މަރަޑޯނާގެ ރޫހަށް ހަމަޖެހުން ލިބުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

    ކޯޓުން ބޭރުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ، ކަލާނގެއަށް ނިސްބަތްކޮށް ބޭނުންކުރާ ސްޕެނިޝް ބަސް "Dios" އާއި ގުޅުވައިގެން މަރަޑޯނާގެ ޖާޒީ ނަމްބަރ 10 ގުޅުވައިގެން "D10s" ލިޔެފައިވާ ބޯޑުތަކާއެކު އިންސާފަށް ގޮވަމުންދިޔައެވެ.

    ޝަރީއަތުގައި ޑޮކްޓަރުންނާއި، ނަފްސާނީ ބަލިތަކަށް ފަރުވާދޭ މީހުންނާއި ނަރުހުން ހިމެނޭހެން 120 އަށްވުރެ ގިނަ ހެކިންގެ ހެކިބަސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ކުރަނީ، އެމީހުންގެ އަމަލުތަކުގެ ސަބަބުން މަރަޑޯނާ މަރުވެދާނެކަން އެނގިތިބެ، އެކަމަށް ފަރުވާކުޑަކޮށް މަރަޑޯނާ މަރުވުމަށް މަގުފަހިކުރި ކަމުގެ ދައުވާއެވެ. މީގެ ތެރޭގައި ހޮސްޕިޓަލެއްގެ ބަދަލުގައި ގޭގައި ފަރުވާ ދިނުމަށް ނިންމި ނިންމުން ހިމެނެއެވެ. 

    މަރަޑޯނާގެ ދަރިންގެ ވަކީލް ފެނާންޑޯ ބުރުލާންޑޯ، ސްޓެތެސްކޯޕެއް ދައްކާލަމުން ބުނީ، މެޑިކަލް ދާއިރާގައި އެންމެ މުހިންމު މި އާލާތްވެސް މަރަޑޯނާ މަރުވުމުގެ ކުރިން ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެންމެ ފަހަރަކުވެސް އޭނާގެ މޭގައި ޖައްސާލާފައި ނުވާ ކަމަށެވެ. ނަމަވެސް، ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ބުނަމުން ދަނީ މަރަޑޯނާ މަރުވީ ސިއްހީ ހާލަތު ގޯސްވަމުން ގޮސް، ގުދުރަތީ މަރަކުން ކަމަށެވެ.

    ޑިއޭގޯ މަރަޑޯނާ ނިޔާވުމުގެ ކުރިން އޮތީ ބަލި އެނދުގައި ގުޑިނުލެވި، މާޔޫސްވެފައި ކަމަށް އޭނާގެ މަސާޖު ތެރަޕިސްޓް ބުނެއެވެ. 2020 ވަނަ އަހަރު މަރަޑޯނާ ނިޔާވި ހާދިސާއާ ގުޅިގެން އާޖެންޓީނާގައި ކުރިއަށްދާ ޝަރީއަތުގައި ހެކިބަސް ދެމުން އޭނާގެ މަސާޖު ތެރަޕިސްޓް ނިކޮލަސް ޓަފަރޭލް ބުނީ، މަރަޑޯނާގެ ފަހު ދުވަސްތަކުގައި އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ދުޅަވެ، އެނދުން ތެދުވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

    "އޭނާ އެނދުން ތެދުވާކަށް ބޭނުމެއް ނުވޭ. ކާން ބޭނުމެއް ނުވޭ، ފެންވަރާކަށް ބޭނުމެއް ނުވޭ، އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދޭކަށް ވެސް ބޭނުމެއް ނުވޭ،" ބުރާސްފަތި ދުވަހު ކޯޓުގައި ހެކިބަސް ދެމުން ޓަފަރޭލް ކިޔައިދިނެވެ.

    މީގެ އިތުރުން، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފުޓްބޯޅަ ލެޖެންޑްގެ ސިއްހީ ހާލަތު ހުރި ގޮތުން، ކޮންމެ ދުވަހަކު އޭނާގެ ގާތަށް ޒިޔާރަތްކޮށް ބަލަންޖެހޭނެ ކަމަށް މަރަޑޯނާގެ މެޑިކަލް ޓީމަށް އޭނާ އޭރު އަންގާފައިވާނެ ކަމަށް ވެސް ޓަފަރޭލް ބުންޏެވެ. ކޯޓުގައި އިއްވި އޯޑިއޯ މެސެޖުތަކުން ވެސް މިކަން ސާފުވެއެވެ.

    ލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލު ޓަފަރޭލް ބުނީ، މަރަޑޯނާގެ ފަރާތުން ފެނުނު ކަންބޮޑުވުންތައް މެޑިކަލް ޓީމާ ހިއްސާކުރި ނަމަވެސް، އެކަމަށް އެކަށީގެންވާ އަވަސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. "އޭނާގެ މުޅި ހަށިގަނޑު އޮތީ ފޮއްސިވެފައި، ފައި އޮތީ ދުޅަވެފައި. ޑޮކްޓަރުން ބުނަމުން ދިޔައީ ކަންބޮޑުނުވުމަށާއި އެއީ ރަނގަޅުވާނެ ކަންކަން ކަމަށް. އަހަރެމެން އެމީހުންނަށް އިތުބާރު ކުރީމެވެ. ނަމަވެސް އެ ހާލަތު ރަނގަޅެއް ނުވި،" އޭނާ ކިޔައިދިނެވެ.

    މަރަޑޯނާ ނިޔާވުމުގެ އެއް ދުވަސް ކުރިން، ނޮވެމްބަރު 24 ވަނަ ދުވަހު އޭނާ ލައްވައި "މާޓޭ" (އާޖެންޓީނާގެ ސަގާފީ ބުއިމެއް) ބޯން ކުރި މަސައްކަތް ވެސް ނާކާމިޔާބުވި ކަމަށް ޓަފަރޭލް ބުންޏެވެ. "އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ، ހުރިހާ ކަމެއް ރަނގަޅޭ، ހުރިހާ ކަމެއް ނިމުނީއޭ" މަރަޑޯނާ އެންމެ ފަހުން ބުނި ވާހަކަތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

    އުމުރުން 60 އަހަރުގައި މަރަޑޯނާ ނިޔާވީ ހިތުގެ މައްސަލައެއްގައާއި ފުއްޕާމޭގައި ފެން ހެދުމުގެ ސަބަބުންނެވެ. އެއީ އޭނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރިތާ ދެ ހަފުތާ ފަހުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މަރަޑޯނާ މަރުވުމާ ގުޅިގެން މުޅި އާޖެންޓީނާއަށް ބޮޑު ހިތާމައެއް ލިބިގެންދިޔައިރު، އެތައް ހާސް ބަޔަކު ވަނީ ރިޔާސީ ގަނޑުވަރަށް ގޮސް އޭނާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފައެވެ.

    މަރަޑޯނާގެ މަރުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހުން ފެށިގެން އާޖެންޓީނާގައި ހަތް ސިއްހީ އެހީތެރިއެއްގެ މައްޗަށް ދަނީ ޝަރީއަތް ހިންގަމުންނެވެ. މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުން އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރެއެވެ. އެމީހުން ބުނަމުންދަނީ އެމީހުން އަދާކުރީ ވަކި ހާއްސަ ދާއިރާއެއްގެ މަސްއޫލިއްޔަތެއް ކަމަށާއި، މަރަޑޯނާ ނިޔާވި ސިއްހީ ސަބަބުތަކާ އެމީހުންގެ ދައުރާ ސީދާ ގުޅުމެއް ނެތް ކަމަށެވެ.

    ކުށް ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. މި ޝަރީއަތް މި މަސް ނިމޭއިރު ވެސް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

    ]]>
    Sat, 08 Aug 2026 09:55:45 +0500 ނިއުސް ޑެސްކް
    ކުޑަކުއްޖަކު 8 މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ https://heerasnews.com/4486 https://heerasnews.com/4486 އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު އޭނާގެ ކާފަ އާއި މާމަ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު، ސުކޫލަށް ގޮސް އިތުރު ހަ މީހަކު މަރާލައި އަމިއްލައަށް މަރުވެއްޖެ ކަމަށް ބެންކޮކް ފުލުހުން ހާމަކޮށްފިއެވެ. މިއީ 2022 ވަނަ އަހަރަށްފަހު ތައިލޭންޑްގައި ހިނގި އެންމެ ނުރައްކާތެރި މާސް ކިލިންގ ނުވަތަ ގިނަ ބަޔަކު އެއްފަހަރާ މަރާލުމުގެ ހާދިސާއެވެ.

    ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ހުޅަނގު އުތުރުގައި ހުންނަ "ޑެބްސިރިން ނޮންތަބުރީ ސުކޫލު" ގައި ހިނގި މި ހާދިސާއާ ގުޅިގެން، ޒަހަމްވި މީހުން އެމްބިއުލާންސްތަކަށް އަރުވަމުން ދިޔައިރު، ބިރުން ހާސްވެފައި ތިބި ދަރިވަރުންތައް ވަނީ ސުކޫލުން ބޭރަށް ނުކުމެފައެވެ. އަދި އެ ސަރަޙައްދުގައި ތިބި މުދައްރިސުން އެކަކު އަނެކަކު ގައިގައި ބައްދައިގެން ރޮމުންދިޔަ މަންޒަރު ފެނިފައިވެއެވެ.

    ފުލުހުން ބުނި ގޮތުގައި، ބަޑިޖެހި 14 އަހަރުގެ ކުއްޖާ މަދުވެގެން 26 ވަޒަން ފޮނުވާލާފައިވާއިރު، އޭނާގެ އަތުން އިތުރު 34 ވަޒަން ފެނިފައިވެއެވެ. އޭނާ ބޭނުންކުރި ބަޑިއަކީ އޭނާގެ ކާފަގެ ބަޑިއެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

    އެ ސުކޫލުގެ 18 އަހަރުގެ ދަރިވަރަކު ކިޔައިދިން ގޮތުގައި، ފުރަތަމަ އޭނާއަށް ހީވީ ބަޔަކު ފަޓާސް ޖަހަނީ ކަމަށެވެ. "ފުރަތަމަ ބަޑިޖަހަނީ ކަމަކަށް ހިއެއް ނުކުރަން. ވަރަށް ގިނަ ފަހަރު ބަޑިޖެހި އަޑު އިވުނު. ދެން އިރުކޮޅަކަށް ހިމޭންވުމަށްފަހު އަނެއްކާވެސް ފެށީ،" އޭނާ ބުންޏެވެ.

    ނޭޝަނަލް ޕޮލިސްގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް ޓްރައިރޮންގ ފޯފަން ވިދާޅުވި ގޮތުގައި، ސުކޫލުގައި މަރުވި ހަތް މީހުންގެ ތެރޭގައި ހަމަލާދިން ކުއްޖާވެސް ހިމެނެއެވެ. އަދި މި ހާދިސާގައި 15 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ސުކޫލެއްގައި ހިނގި ބަޑިޖެހުމުގެ ދެވަނަ ހާދިސާ

    ތައިލެންޑުގެ އެޑިއުކޭޝަން މިނިސްޓަރު ޕްރަސެރްޓް ޖަންތަރަރުއަންތޮންގ ވިދާޅުވި ގޮތުގައި، މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި މުދައްރިސުންނާއި ދަރިވަރުން ހިމެނެއެވެ. ފުލުހުން ވަނީ ހަމަލާދިން ކުއްޖާއަކީ އެ ސުކޫލުގެ ދަރިވަރެއްކަން ކަށަވަރުކޮށްދީފައެވެ.

    މިއީ މިއަހަރު ތެރޭގައި ތައިލެންޑުގެ ސުކޫލެއްގައި ހިނގި ބަޑިޖެހުމުގެ ދެވަނަ ހާދިސާއެވެ. މީގެ ކުރިން ފެބްރުއަރީ މަހު އެގައުމުގެ ދެކުނުގެ ސަރަހައްދެއްގައި ހިނގި ހާދިސާއެއްގައި މުދައްރިސަކު މަރުވެ، ދަރިވަރަކު ވަނީ ޒަހަމްވެފައެވެ.

    އުމުރުން 47 އަހަރުގެ އިމަޖެންސީ މަސައްކަތްތެރިއެއް ކަމަށްވާ ކިއާތިހުން ވެރަޕޮންގްޕްރަޑިތު ބުނި ގޮތުގައި، އޭނާގެ ޓީމަށް އެތަނަށް ދެވުނުއިރުވެސް ބަޑިޖެހުން ކުރިއަށްދެއެވެ. އޭނާގެ ޓީމުން ވަނީ ބުރަކައްޓާއި މެޔާއި އަތް ޒަހަމްވެފައި ތިބި ދަރިވަރުންނަށް ފަރުވާ ދީފައެވެ. ސުކޫލުގެ މަތީ ފަންގިފިލައެއްގައި ފިރިހެން މުދައްރިސަކު މަރުވެފައި އޮއްވާ ފެނުނުއިރު، އެހެން ކޮޓަރިއެއްގެ ތެރޭގައި މެޔާއި އަތް ޒަހަމްވެފައި އޮތް އަންހެން މުދައްރިސަކު ފެނުނު ކަމަށް އޭނާ ކިޔައިދިނެވެ.

    އެންމެ ފަހު ބަޑީގެ އަޑާއެކު، ހަމަލާދިން ކުއްޖާއަށް ފަރުވާ ދިނުމަށް މަސައްކަތް ކުރެވުނެވެ. "އަޅުގަނޑުމެން އަވަހަށް މައްޗަށް ދިޔައިރު، ހަމަލާދިން ކުއްޖާ އަމިއްލަ ބޮލުގެ ކަނާތް ފަރާތަށް ބަޑިޖަހައިގެން ވެއްޓިފައި އޮތް. އޭނާގެ ވިންދު ބެލިއިރު ވިންދު ހުރުމުން ސީ.ޕީ.އާރު ދޭން ފެށިން،" އޭނާ ބުންޏެވެ. އޭގެ ފަހުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނެވެ.

    ޑިސްޓްރިކްޓް އިދާރާތަކުން ބުނާ ގޮތުގައި، 2025 ވަނަ ތައުލީމީ އަހަރު އެ ސުކޫލުގައި 3100 އެއްހާ ދަރިވަރުންނާއި 147 މުދައްރިސުން ތިބެއެވެ.

    ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، މިއީ ހިނގައިގެން ނުވާނެ ފަދަ ބިރުވެރި ހާދިސާއެއް ކަމަށެވެ. "މަރުވި މީހުންގެ އާއިލާތަކަށްޓަކައި އަޅުގަނޑު ހިތާމަކުރަން. އަދި އަޅުގަނޑުމެންގެ ގައުމުގައި މިފަދަ ކަމެއް ހިނގުމަކީ ލިބޭ ވަރަށް ބޮޑު ހިތާމައެއް،" އޭނާ ވިދާޅުވިއެވެ.

    ބަޑިޖެހުމުގެ ހާދިސާތަކުގެ ތާރީހު

    ތައިލެންޑުގައި ބަޑި ގެންގުޅުމާއި ބަޑީގެ ހަމަލާތައް ދިނުމަކީ ފެންނަލެއް މަދެއް ނޫނެވެ. ފާއިތުވި ހަ އަހަރު ތެރޭގައި އެގައުމުގައި ބަޑިޖެހުމުގެ ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ. ކުޑަކުދިންނަކީވެސް މިފަދަ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ބައެކެވެ.

    ތައިލެންޑުގެ ފަހުގެ ތާރީހުގައި އެކަކު ދިން އެންމެ ނުރައްކާތެރި ހަމަލާ ހިނގާފައިވަނީ 2022 ވަނަ އަހަރުއެވެ. އެފަހަރު ކުރީގެ ފުލުހަކު ވަނީ ތިން ގަޑިއިރު ވަންދެން ބަޑިއާއި ވަޅި ބޭނުންކޮށްގެން ދިން ހަމަލާއެއްގައި 36 މީހުން މަރާލާފައެވެ. މީގެ ތެރޭގައި ޑޭކެއަރ ސެންޓަރެއްގައި ނިދާފައި ތިއްބާ ވަޅިން ހަމަލާދީ މަރާލި 22 ކުޑަކުދިން ހިމެނެއެވެ.

    މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖުލައި މަހު ބެންކޮކްގެ މާރުކޭޓެއްގައި މީހަކު ވަނީ ފަސް މީހަކު މަރާލުމަށްފަހު އަމިއްލައަށް މަރުވެފައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު ހެޓް ޔައި ސިޓީގެ ސުކޫލެއްގައި ދިން ހަމަލާއެއްގައި މުދައްރިސަކު ވަނީ މަރުވެފައެވެ.

    2020 ވަނަ އަހަރު ސިފައިންގެ މީހަކު ވަނީ ނަކޮން ރަޓްޗަސީމާގައި 29 މީހުން މަރާލާފައެވެ. އަދި 2023 ވަނަ އަހަރު 14 އަހަރުގެ ކުއްޖަކު ވަނީ ބެންކޮކްގެ ލަގްޒަރީ މޯލެއްގައި ބަޑިޖަހައި ދެ މީހަކު މަރާލައި ފަސް މީހަކު ޒަހަމްކޮށްލާފައެވެ.

    2023 ވަނަ އަހަރުގެ ހާދިސާއަށްފަހު، އޭރުގެ އިންޓީރިއަރ މިނިސްޓަރު އަނުތިން ވަނީ ބަޑި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރޭގައި އާ ބަޑި ލައިސަންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމާއި، ބަޑި އެތެރެކުރުމުގެ ފުރުސަތު ހަނިކުރުމާއި، 20 އަހަރުން ދަށުގެ ކުދިން ބަޑިޖަހާ ރޭންޖުތަކަށް ދިއުން މަނާކުރުން ހިމެނެއެވެ.

    މީގެ އިތުރުން، ދިގު މުއްދަތުގެ ފިޔަވަޅުތަކުގެ ތެރޭގައި، ބަޑި ގެންގުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ބެލުމަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމާއި، ބަޑި ލައިސަންސްގެ މުއްދަތު ކަނޑައެޅުން ހިމެނެއެވެ.

    2017 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ތައިލެންޑުގެ އާންމު ރައްޔިތުންގެ އަތުގައި 10.3 މިލިއަން ބަޑި ހުރި ކަމަށް ލަފާކުރެވެއެވެ. މިއީ ކޮންމެ 100 މީހަކަށް 15 ބަޑީގެ ނިސްބަތެކެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް މަތީ އަދަދެކެވެ.

    ]]>
    Fri, 07 Aug 2026 14:56:48 +0500 ނިއުސް ޑެސްކް
    ހޮރްމޫޒް ކަނޑުއޮޅިން ވަންނަ އުޅަނދުފަހަރުގެ ކޮންޓްރޯލް އީރާނަށް https://heerasnews.com/4483 https://heerasnews.com/4483 އީރާނާއި އޮމާނާ ދެމެދު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމެއްގެ ދަށުން، ހޮރްމޫޒް ކަނޑުއޮޅިން ވަންނަ އުޅަނދުފަހަރުގެ ކޮންޓްރޯލް އީރާނަށް ލިބިދާނެ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

    އެއްބަސްވުމާއިގުޅިގެން ފާހަގަވާ މައިގަނޑު ނުކުތާތައް:

    • ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ދިނުމަކީ އެ ގައުމަށް ދެވޭ ވަރަށް ބޮޑު ދޫދިނުމަކަށް ވާނެއެވެ.
    • އެމެރިކާއިން މީގެ ކުރިން ބުނަމުން އައީ އީރާނުގެ ފުރިހަމަ ކޮންޓްރޯލް އެ ސަރަހައްދަށް އޮތުމަށް ދުވަހަކުވެސް އެއްބަސްނުވާނެ ކަމަށެވެ.
    • އޮމާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާނުން ރިޕޯޓްކުރެއެވެ.
    • އެމެރިކާއިން އަލުން ހަމަލާއެއް ދީފިނަމަ، އަވަށްޓެރި ގަލްފް ގައުމުތަކުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

    އީރާނާއި އެމެރިކާއާ ދެމެދު ފަސް މަސް ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން އީރާނާއި އޮމާނާ ދެމެދު ހުށަހަޅާފައިވާ އެއްބަސްވުމުގެ ދަށުން، ހޯރްމޫޒް ކަނޑުއޮޅިން ގަލްފަށް ވަންނަ އުޅަނދުފަހަރުގެ ކޮންޓްރޯލް ތެހެރާނަށް ލިބޭނެ ކަމަށް އީރާނުގެ އިސް މަސްދަރަކާއި ސަރަހައްދީ ދެ އޮފިޝަލަކު މައުލޫމާތު ދީފިއެވެ. މިއީ މިހާތަނަށް އީރާނަށް ދެވޭ އެންމެ ބޮޑު އެއް ދޫދިނުމެވެ.

    މި ހުށަހެޅުމާ ގުޅޭގޮތުން އެމެރިކާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް، ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ އެންމެ މުހިންމު މަގުގެ ކޮންޓްރޯލް އީރާނަށް ދިނުމަށް އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް ދެކޮޅު ހަދަމުންދިޔައެވެ.

    ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ބާރު އީރާނަށް ލިބޭ އެއްބަސްވުމަކަށް އަތުވެއްޖެނަމަ، އޭގެ މާނައަކީ މިދިޔަ ފެބުރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ސަރަހައްދީ ބާރުވެރިކަން އީރާނުގެ ކޮޅަށް ވަރަށް ބޮޑަށް ބުރަވުމެވެ. ހަނގުރާމައިގެ ކުރިން، މި ކަނޑުއޮޅިއަކީ އެއްވެސް ފީއަކާ ނުލައި ހުރިހާ އުޅަނދަކަށް މިނިވަންކަމާއެކު ހުޅުވާލެވިފައިވާ ތަނެކެވެ.

    ސަރަހައްދީ ފެންވަރުގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތް:

    އީރާނާއި އޮމާނުން ދަނީ އެ ދެ ގައުމުގެ ބާރު ހިނގާ އުތުރު އަދި ދެކުނު ޗެނަލްތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އީރާނުން ބުނާ ގޮތުގައި މި މަޝްވަރާ ތަކުގައި "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާ އިރު، ކަނޑުއޮޅިން ވަންނަ އަދި ނުކުންނަ އުޅަނދުފަހަރު ދަތުރުކުރާނީ އީރާނުގެ ކަނޑުގެ ސަރަހައްދުންނެވެ.

    ހަމައެއާއެކު، އެމެރިކާއިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދިނުމުގެ ގޮތުން ގަލްފުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ ގަލްފުގެ ގައުމުތަކަށް އިންޒާރު ދީފައެވެ. މިއީ އެމެރިކާގެ ބައިވެރިންނަށް ބިރުދައްކައިގެން، އެމެރިކާއިން ކުރާ އަސްކަރީ ހަރަދުތަކާއި ކުރިމަތިވާނެ ގެއްލުންތައް ބޮޑުކުރުމަށް އީރާނުން ކުރާ މަސައްކަތެކެވެ.

    "އީރާނުގެ އިންޒާރަކީ ވަރަށް ސާފު އިންޒާރެއް: އެމެރިކާއިން އީރާނުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށްފިނަމަ، އޭގެ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދޭނެ،" ގަލްފުގެ މަސްދަރަކުން ބުންޏެވެ.

    ނުނިމި ހުރި މައްސަލަތައް:

    އީރާނާއި އޮމާނާ ދެމެދު ވެވޭ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދެއްކި މަސްދަރުތަކުން ބުނާ ގޮތުގައި، އަދިވެސް ހައްލުނުވެ ހުރި ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. އަދި އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުމަށް އެ ފަރާތްތަކުން ސުވާލު އުފައްދައެވެ.

    އެއްބަސްވުމުގެ ދަށުން، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ކާގޯގެ އަގުން %5 އާއި %7 އާ ދެމެދުގެ ފީއެއް ނެގުމަށް އީރާނުން ބޭނުންވެއެވެ. އޮމާނުން ހުށަހަޅަނީ %3 އެވެ. ނަމަވެސް އެމެރިކާއިން ބޭނުންވަނީ އެއްވެސް ފީއެއް ނުނެގުމަށެވެ.

    އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ގަރީބްއާބާދީ ވިދާޅުވި ގޮތުގައި، އޮމާނާއެކު ކުރެވޭ މަޝްވަރާތަކުގައި އަސާސީ ސިފައެއްގައި އެއްބަސްވުންތަކަކަށް ވަނީ އާދެވިފައެވެ. އަދި އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމާ ގުޅޭގޮތުން ޖޫން މަހު ވެވުނު އެއްބަސްވުމަށް އެމެރިކާ އަނބުރާ ރުޖޫއަވާން ތައްޔާރަށް އޮތް ކަމުގެ މެސެޖުތައް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ޓްރަމްޕަށް ކުރިމަތިވެފައިވާ ފިއްތުންތައް:

    ހަނގުރާމައިގެ ކުރީކޮޅު އީރާނުން "ޝަރުތެއް ނެތި އަމާންދޭންޖެހޭނެ" ކަމަށް ވިދާޅުވި ޓްރަމްޕަށް މިހާރު ވަނީ ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ކުރިއަށް އޮތް މިޑް-ޓާމް އިންތިހާބާ ދިމާކޮށް، އެމެރިކާގެ ގިނަ ރައްޔިތުން މި ހަނގުރާމައާ ދެކޮޅު ހަދަމުންދާތީ، ހަނގުރާމަ ހުއްޓާލުމުގެ މަގުތަކެއް ހޯދުމަށް އޭނާއަށް ވަނީ މަޖުބޫރުވެފައެވެ.

    އަސްކަރީ ގޮތުން ބަލާއިރު، އެމެރިކާގެ ދިގު ރާސްތާގެ މިސައިލްތައް ހުސްވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ ބާޒާރަށްވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. ހާއްސަކޮށް ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އުޅަނދުފަހަރަށް ހަމަލާދޭން ފެށުމާއެކު، ރަތްކަނޑުގެ ދަތުރުފަތުރަށް ވަނީ ނުރައްކާ ބޮޑުވެފައެވެ.

    ]]>
    Thu, 06 Aug 2026 02:38:35 +0500 ނިއުސް ޑެސްކް
    އަލް&ސައްޔިދުގެ ކާމިޔާބީ: ޑިމޮކްރެޓުންގެ އިސް ވެރިންނަށް ބޮޑު ސިހުމެއް https://heerasnews.com/4482 https://heerasnews.com/4482 މިޝިގަންގެ ސެނެޓް ޕްރައިމަރީގައި އަބްދުލް އަލް-ސައްޔިދު ހޯއްދެވި ކާމިޔާބީގެ އަސަރުތައް އެތައް ސަތޭކަ މޭލެއް ދުރުގައި ތިއްބެވި ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންނަށް މިހާރު ވެސް ހުންނާނީ އިހުސާސް ކުރެވިފައެވެ.

    ރިޕަބްލިކަން ޕާޓީއަށް އިންތިހާބީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ޑިމޮކްރެޓިކް ޕާޓީގެ އާންމު މެންބަރުން މިވަނީ ވާތުފިޔަވީގެ އާ ވިސްނުމެއްގެ ބޭފުޅަކަށް ފުރުސަތު ދީފައެވެ. މީގެ ސަބަބުން، އަންނަ ނޮވެމްބަރު މަހު ބާއްވާ ސެނެޓް އިންތިހާބުގެ ވާދަވެރިކަން އިތުރުވެ، މުޅި ސެނެޓުގެ ކޮންޓްރޯލް ކަނޑައެޅުމުގައި މި ގޮނޑި ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.

    މިހާރު އުފެދޭ ސުވާލަކީ، އަލް-ސައްޔިދު ޕާޓީގެ އާންމު މެންބަރުންގެ މެދުގައި އުފައްދާފައިވާ ޖޯޝާއި ފޯރި، އާންމު އިންތިހާބުގެ ވޯޓުލާ މީހުންގެ މެދުގައި ދެމެހެއްޓިދާނެތޯއެވެ؟ އަދި ކޮންމެ ކޮޅަކަށްވެސް ވޯޓު އަނބުރާލަފާނެ ފަދަ "ސްވިންގް ސްޓޭޓް" އެއްގައި، ވާތުފިޔައިގެ ހަރުކަށި އުސޫލުތަކެއް ގެންގުޅުއްވާ ޑިމޮކްރެޓަކަށް ކާމިޔާބު ކުރެވިދާނެތޯއެވެ؟ އަލް-ސައްޔިދުގެ ވާދަވެރިޔާއަށް ތާއީދުކުރި ޕާޓީގެ އިސްވެރިންގެ އުންމީދަކީ ވެސް އެއީއެވެ.

    މިދިޔަ އަންގާރަ ދުވަހު ފަސް ސްޓޭޓެއްގައި ބޭއްވި ޕްރައިމަރީގެ ނަތީޖާތަކުން ފެނިގެންދަނީ، މިޑްޓާމް އިންތިހާބަށް ތިން މަސް ދުވަހަށް ވެފައިވަނިކޮށް އެމެރިކާގެ ރައްޔިތުންގެ ވިންދު ހުރި ގޮތެވެ. މި ނަތީޖާތަކުން މުހިންމު ހަތަރު ނުކުތާއެއް ފާހަގަވެއެވެ.

    އަބްދުލް އަލް-ސައްޔިދު

    1. ވާތުފިޔައިގެ އާ ހަނގުރާމަވެރިއެއް

    މިޝިގަންގެ ސެނެޓް ޕްރައިމަރީގައި އަބްދުލް އަލް-ސައްޔިދު ހޯއްދެވި ކާމިޔާބީއަކީ މާބޮޑު ހައިރާންކަމެއް ލިބުނު ކަމެއް ނޫނެވެ. އޭނާ ވަނީ ވޭތުވެދިޔަ ހަފުތާތަކުގައި ކޮންގްރެސްގެ މެންބަރު ހޭލީ ސްޓީވަންސްއަށް ވުރެ ބޮޑު ތަފާތަކުން ކުރީގައި އުޅުއްވާފައެވެ.

    ޕްރައިމަރީގެ ނަތީޖާ، ކުރިން ލަފާކުރި ވަރަށް ވުރެ ގާތް ނަމަވެސް، މިއީ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފައްދާފައިވާ ކާމިޔާބީއެކެވެ. މިޝިގަންގެ ކުރީގެ ސިއްހީ އޮފިޝަލެއް ކަމަށްވާ އަލް-ސައްޔިދަކީ މިސްރުގެ ހިޖުރަވެރިންގެ ދަރިއެކެވެ. އޭނާ ކެމްޕޭން ކުރެއްވީ ބާނީ ސޭންޑާސް، އެލިޒަބަތު ވޮރެން އަދި އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒް ފަދަ ލިބަރަލް ލީޑަރުންގެ ތާއީދާއެކުގައެވެ.

    ވޮޝިންގްޓަންގައި ތިއްބަވާ ޑިމޮކްރެޓިކް ލީޑަރުންގެ ތާއީދާއި، އިންތިހާބީ މަގާމެއް ފުރުއްވާފައިވާ ތަޖުރިބާގެ އިތުރުން، އޭޕެކް ފަދަ އިސްރާއީލަށް ތާއީދުކުރާ ޖަމާއަތްތަކުން ދިން 32 މިލިއަން ޑޮލަރުގެ އެހީތެރިކަން ވެސް އަލް-ސައްޔިދު ގެ ވާދަވެރިޔާ ސްޓީވަންސްއަށް ލިބިވަޑައިގަތެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން ނަތީޖާއަށް ބަދަލެއް ނައެވެ.

    އަލް-ސައްޔިދު ވަނީ ސަރުކާރުން ހަރަދުކުރާ ހެލްތު އިންޝުއަރެންސާއި، ބޭހުގެ އަގު ހެޔޮކުރުމާއި، މުއްސަނދިންގެ އަތުން ބޮޑު ޓެކްސް ނެގުން ފަދަ ސިޔާސަތުތަކާ ދެކޮޅަށް ވަކާލާތު ކުރައްވާފައެވެ. އޭނާގެ ކެމްޕޭންގެ މައިގަނޑު ޝިއާރަކީ "ސިޔާސީ ކަންކަމުން ފައިސާ ބޭރުކޮށް، ރައްޔިތުންގެ ޖީބަށް ފައިސާ ވެއްދުން" މިއެވެ.

    މީގެ ސަބަބުން، އާންމު އިންތިހާބުގައި އޭނާ ވާދަކުރައްވާނީ ރިޕަބްލިކަން ޕާޓީގެ މައިކް ރޮޖާސްއާއެވެ. މިއީ ވާތުފިޔަވީގެ ކެންޑިޑޭޓަކަށް މިފަދަ ވާދަވެރި ސްޓޭޓެއްގައި ކާމިޔާބު ހޯދިދާނެތޯ ބެލުމަށް ލިބޭނެ އެންމެ ބޮޑު އިމްތިހާނެވެ.

    2. އިސްރާއީލަށް ތާއީދުކުރާ ބައެއް ޑިމޮކްރެޓުންނަށް ނާކާމިޔާބީ

    އަންގާރަ ދުވަހުގެ ރޭ ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އޭޕެކްގެ ތާއީދު އޮތް އެންމެ ފާހަގަކޮށްލެވޭ ކެންޑިޑޭޓަކީ ސްޓީވަންސްއެވެ. މީގެ އިތުރުން މިޝިގަންގެ އެހެން ދާއިރާތަކުން ވެސް އިސްރާއީލަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

    މިސާލަކަށް، އިސްރާއީލަށް އެމެރިކާގެ އެހީ ދިނުމަށް ވަކާލާތުކުރާ ސްރީ ތަނޭދާރު ވަނީ ޑޮނަވަން މެކިނީ އަތުން ބަލިވެފައެވެ. އަދި އިސްރާއީލަށް ހަތިޔާރު ވިއްކުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވާ ވިލިއަމް ލޯރެންސް ވެސް ވަނީ ކާމިޔާބީ ހޯއްދަވާފައެވެ. ނަމަވެސް މިސްވަރީ އާއި ވޮޝިންގްޓަން ފަދަ ސްޓޭޓްތަކުގައި އިސްރާއީލަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ވަނީ ކާމިޔާބު ލިބިފައެވެ.

    3. ރިޕަބްލިކަން ސިޔާސަތުތަށް ނޫނެކޭ ބުނުން

    އަންގާރަ ދުވަހުގެ ވޯޓުން ފެނިގެންދިޔަ އަނެއް ކަމަކީ، ރިޕަބްލިކަން ޕާޓީން ހުށަހަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ރައްޔިތުން އިންކާރު ކުރުމެވެ. މިސޫރީގައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުން އުނދަގޫ ކުރުމަށް ރިޕަބްލިކަނުން ހުށަހެޅި ހުށަހެޅުމަށް ރައްޔިތުން ވަނީ ވަރަށް ބޮޑު ތަފާތަކުން ނޫނެކޭ ބުނެފައެވެ. ހަމައެފަދައިން ކެންސަސްގައި ވެސް ފަނޑިޔާރުން އިންތިހާބު ކުރާ ގޮތަށް ބަދަލުކުރަން ހުށަހެޅި ހުށަހެޅުން ވަނީ ފެއިލްވެފައެވެ.

    4. ޓްރަމްޕްގެ ތާއީދު އަދިވެސް މުހިންމު

    ރިޕަބްލިކަން ޕާޓީގެ އެތެރޭގެ ވާދަވެރިކަމަށް ބަލާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރެއްވި ކެންޑިޑޭޓުންނަށް ވަނީ ބޮޑެތި ކާމިޔާބީތަކެއް ލިބިފައެވެ. މިޝިގަންގެ ގަވަރުނަރު ކަމަށް ވާދަކުރާ ޖޯން ޖޭމްސް އާއި ކެންސަސް އަދި ވޮޝިންގްޓަންގެ ބައެއް ދާއިރާތަކުން ޓްރަމްޕްގެ "ޕިކްސް" ނުވަތަ އޭނާ އިހުތިޔާރުކުރި ބޭފުޅުން ވަނީ ކުރިހޯއްދަވާފައެވެ.

    މިއީ ޓްރަމްޕާ ދެކޮޅު ވިސްނުން ގެންގުޅޭ ރިޕަބްލިކަނުންގެ ބާރު ޕާޓީގެ ތެރޭގައި ކުޑަވަމުންދާ ކަމުގެ ހެއްކެކެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ޓްރަމްޕް ތާއީދުކުރި ކެންޑިޑޭޓުން ބަލިވިކަން ވެސް ފާހަގަކުރެވެއެވެ.               

    ]]>
    Thu, 06 Aug 2026 02:13:32 +0500 ނިއުސް ޑެސްކް
    112 ޝަހީދުންގެ ބޮޑު ޖަނާޒާއެއް ގައްޒާގައި ބާއްވައިފި https://heerasnews.com/4479 https://heerasnews.com/4479 ގައްޒާ ހަނގުރާމައިގެ ކުރީކޮޅު، 2023 ވަނަ އަހަރުގެ ފަހުކޮޅު، އިސްރާއީލުން ގައްޒާ ސިޓީގެ މީހުން ދިރިއުޅޭ އިމާރާތްތަކަކަށް ދިން ހަމަލާއެއްގައި ޝަހީދުވި 112 މީހުންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

    މި ދެ އާއިލާއަކަށް ނިސްބަތްވާ މީހުންގެ ހަށިތައް ފެނިފައިވަނީ، ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މަސައްކަތުން، އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުންނެވެ.

    ޝަހީދުވި ކޮންމެ މީހެއްގެ ހަށިގަނޑު ފަލަސްތީނުގެ ދިދައިން ނިވާކޮށް، ބައެއް މީހުންގެ ފޮޓޯތައް ހަށިގަނޑު ކައިރީގައި ބަހައްޓާފައި ހުރި މަންޒަރުތައް ފެނިގެންދިޔައެވެ. މިއީ ގައްޒާގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު ޖަނާޒާ ކަމަށް ބެލެވެއެވެ.

    ޖަނާޒާގައި ބައިވެރިވި އަލީ އަބޫ ޝަރީއާ ބުނި ގޮތުގައި، މިއީ އިންތިހާއަށް ހިތާމަވެރި ވަގުތެއް ނަމަވެސް، ޝަހީދުވި މީހުންގެ ހަށިތައް ފެނި، އެމީހުން ވަޅުލެވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

    ޝަހީދުވި މީހުންގެ ތެރޭގައި އަބޫ ޝަރީއާ އަދި ހަސައިނާ އާއިލާގެ 40 ކުޑަކުދިންނާއި، 38 އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ 7 މީހުން ހިމެނެއެވެ. މި މީހުން ޝަހީދުވީ 22 ނޮވެމްބަރު 2023 ގައި ގައްޒާ ސިޓީގެ ސަބްރާ އަވަށުގެ އިމާރާތްތަކަކަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައެވެ.

    އިސްރާއީލް ސިފައިންނާ މި ހަމަލާއާ ގުޅޭގޮތުން ސުވާލުކުރުމުން، އެމީހުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

    ގައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 73377 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

    ކުނިބުނިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ސިވިލް ޑިފެންސްގެ ފަރާތުންނެވެ. މި މަސައްކަތުގައި ބައިނަލްއަގުވާމީ ރެޑް ކްރޮސް އިން އަންނަނީ ފަންނީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ބޭނުންވާ ސާމާނާއި، ތަމްރީނާއި، އަދި ކޮނުމަށް ބޭނުންވާ ބޮޑެތި މެޝިނަރީޒް ފޯރުކޮށްދިނުން ހިމެނެއެވެ.

    ސިވިލް ޑިފެންސްގެ ތަރުޖަމާނު މުހައްމަދު ބާސިލް ވިދާޅުވި ގޮތުގައި، ހަމަލާދިން ދުވަހު އެ ސަރަހައްދަށް ދިއުމަށް އިސްރާއީލުގެ ހުރަސްތަކުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވިއެވެ. އެ އިމާރާތުގައި 180 އެއްހާ މީހުން ތިބި އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ މީހުން ވަނީ ޝަހީދުވެފައެވެ.

    އާއިލާގެ އެންމެން ގެއްލި، ހަމައެކަނި ސަލާމަތްވި ޔޫސުފް އަބޫ ޝަރީއާ ބުނީ، އޭނާގެ މަންމައާއި ބައްޕައާއި، ބޮޑުބޭބެމެންނާއި އާއިލާގެ އެންމެން ގެއްލުނީ އެ ކުނިބުނިތަކުގެ ދަށަށް ކަމަށެވެ. އަދި ނާހިދު އަލް ހަސައިނާ، އޭނާގެ ތިމާގެ ދެ ކުޑަ ކުދިން ކަމަށްވާ އުމަރާއި އިބްރާހީމްގެ ދަބަހާއި ބޫޓު ދައްކަމުން ސުވާލުކުރީ، އެ ކުށެއް ނެތް ކުޑަކުދިން މަރާލީ ކީއްވެގެންތޯއެވެ؟

    އަދިވެސް އެ ސަރަހައްދުގެ ކުނިބުނިތަކުގެ ދަށުގައި އެތައް ބައެއްގެ ހަށިތައް ވާނެ ކަމަށް ބެލެވެއެވެ. މުޅި ގައްޒާގައިވެސް މިފަދައިން ގެއްލިފައިވާ އެތައް ހާސް ބަޔަކު ތިބި އިރު، ގިނަ ބަޔަކު ތިބީ އިސްރާއީލުގެ ބޯމަތީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ކަމަށް ބެލެވެއެވެ.    

    ]]>
    Tue, 04 Aug 2026 21:36:00 +0500 ނިއުސް ޑެސްކް
    82 އަހަރުގައި ބައިސްކަލުގައި 3300 މޭލަށް | އެންމެ ފަހުގެ ދަތުރު https://heerasnews.com/4476 https://heerasnews.com/4476 ހައިރާތަށް ފައިސާ ހޯދުމުގެ މަގުސަދުގައި އޮސްޓްރޭލިއާ 3300 މޭލު (5300 ކިލޯމީޓަރު) ބައިސިކަލް ދުއްވި އުމުރުން 82 އަހަރުގެ ބޮބް މޮންޓްގޮމެރީ، އޭނާގެ މި ބުރަ ދަތުރު ނިންމާލިތާ އެއްދުވަސް ފަހުން ނިޔާވެއްޖެއެވެ.

    ބޮބް މޮންޓްގޮމެރީ ގެ އާއިލާއިން ސޯޝަލް މީޑިއާގައި ޝާއިއު ބަޔާނެއްގައި ބުނެފައިވަނީ، ބޮބް ނިޔާވީ ކުއްލި ގޮތަކަށް ނަމަވެސް ވަރަށް އަމާންކަމާއެކު ކަމަށެވެ. އޭނާ ނިޔާވީ ހުޅަނގު އޮސްޓްރޭލިއާގެ ބްރޫމް އިން ފެށިގެން ސިޑްނީގެ ހުޅަނގު ދެކުނުގައި އޮންނަ ބޯރަލްއާ ހަމައަށް އޭނާ ކުރި "ވަން ލާސްޓް ރައިޑް" ނުވަތަ "އެންމެ ފަހުގެ ދަތުރު" ފުރިހަމަކުރިތާ އެންމެ ދުވަހެއް ފަހުންނެވެ.

    އޭނާގެ ކާފަ ދަރިފުޅާ އެކު ކުރި ހަ ހަފުތާގެ މި ދަތުރުން، މޮޓޯ ނިއުރޯން ޑިޒީޒް (އެމް.އެން.ޑީ) ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ޗެރިޓީއަކަށް ގާތްގަނޑަކަށް 105000 އޮސްޓްރޭލިއަން ޑޮލަރު (74000 އެމެރިކާ ޑޮލަރު) އޭނާ ވަނީ ހޯދައިދީފައެވެ.

    މިއީ އެމް.އެން.ޑީ އެން.އެސް.ޑަބްލިއު އަށް އެހީވުމަށް އޭނާ ކުރި ހަވަނަ ދަތުރެވެ. އާއިލާގެ ބަޔާނުގައިވާ ގޮތުން މިއީ އޭނާގެ އަމިއްލަ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. 59 އަހަރުވީ އޭނާގެ އަނބިމީހާ ޖެނީ އޭނާ ނިޔާވިއިރު، ގާތުގައި ހުރި ކަމަށާއި، ނިޔާވުމުގެ މަދު ގަޑިއިރުތަކެއް ކުރިންވެސް އޭނާ ދިޔައީ މި ބައްޔާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖުތައް ފޯރުކޮށްދެމުން ކަމަށް އާއިލާއިން ބުނެފައިވެއެވެ.

    އޮސްޓްރޭލިއާގެ ގައުމީ ބްރޯޑްކާސްޓަރު އޭ.ބީ.ސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޮންޓްގޮމެރީ އާއި އޭނާގެ ކާފަ ދަރިފުޅު ޓޮމް މެލްކަމް އާދިއްތަ ދުވަހު ބޯރަލްއަށް ދިއުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އޭނާ އޭ.ބީ.ސީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދަތުރުގެ ތެރެއިން ބައްދަލުވި މީހުންނާއި، މަޑުކޮށްލާ ކޮންމެ ތަނަކުން ލިބުނު ތަރުހީބަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

    "ދަތުރުގެ ތެރެއިން ވަރަށް ގިނަ މީހުންނާ ބައްދަލުވެ، އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް އަޑުއިވުނު. އަދި އެހީތެރިވުމުގެ ގޮތުން ގިނަ ބަޔަކު ފައިސާ ހަދިޔާކުރި، އެއީ ވަރަށް އުފާވި ކަމެއް،" މޮންޓްގޮމެރީ ބުނެފައިވެއެވެ.

    އޭނާގެ ގާތްތިމާގެ މީހަކު އެމް.އެން.ޑީ ބަލީގައި ނިޔާވުމާ ގުޅިގެން މިފަދަ ހަރަކާތްތައް ފެށި މޮންޓްގޮމެރީ ވަނީ މީގެ ކުރީގެ ދަތުރުތަކުން ޖުމްލަ 300000 އެއްހާ އޮސްޓްރޭލިއަން ޑޮލަރު ހޯދައިދީފައެވެ. އޭނާގެ އެހީ ހޯދާ ޕޭޖުގައި ލިޔެފައިވަނީ، އާއިލާގެ މީހުންނާއި ރައްޓެހިން މި ބަލީގައި ތަހައްމަލުކުރި ވޭން ފެނުމުން ހިތްފަޅައިގެންދާ ފަދަ އަސަރެއް ކުރި ކަމަށެވެ.

    ހޯމަ ދުވަހު އޭނާގެ ކާފަ ދަރިފުޅު މެލްކަމް އާއިއެކު ސިޑްނީއަށް ދަތުރު ކުރިއިރު، އާއިލާގެ އެންމެން ވަނީ މި ކާމިޔާބީ ފާހަގަކުރުމަށް އެއްވެފައެވެ. ނަމަވެސް އެ އުފާފާޅުކުރުންތަކަށް ފަހު މޮންޓްގޮމެރީގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވި ކަމަށް އެމް.އެން.ޑީ އެން.އެސް.ޑަބްލިއު ގެ ޗީފް އެގްޒެކެޓިވް ލިއަމް އޯމީރާ ވިދާޅުވިއެވެ.

    ލިއަމް އޯމީރާ ވަނީ މޮންޓްގޮމެރީ ނިޔާވުމާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، އޭނާއަކީ އެ ޖަމިއްޔާގެ ވަރަށް ގާތް އެކުވެރިއެއްގެ އިތުރުން، އެއްވެސް ވަރުބަލިކަމެއް ނެތި އެހީތެރިކަން ފޯރުކޮށްދިން ހިތްވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

    ]]>
    Tue, 04 Aug 2026 16:16:08 +0500 ނިއުސް ޑެސްކް
    ޖިންސީގޯނާގެ ދައުވާއިން ރެސްލިން ރައީސް ސަލާމަތްވެއްޖެ https://heerasnews.com/4473 https://heerasnews.com/4473 އިންޑިއާގެ ރެސްލިން ފެޑެރޭޝަންގެ ކުރީގެ ރައީސްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކުން އޭނާ ބަރީއަވެފައިވާ ކަމަށް ނިއުދިއްލީގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ. މައްސަލައަކީ އިންޑިއާގެ މަޝްހޫރު އަންހެން ރެސްލިން ކުޅުންތެރިންތަކެއް ބްރިޖް ބުޝަން ޝަރަން ސިންގްއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. މައްސަލައިގައި ޖިނާއީ ފިޔަވަޅު އެޅުމަށް ގޮވާލައި މަސްތަކެއް ވަންދެން ކުރިއަށްދިޔަ އިހުތިޖާޖުތަކަށް ތިން އަހަރު ފަހުން ކޯޓުން މިވަނީ އޭނާ ކުށްވެރިނުވާ ކަމަށް ކަނޑައަޅާފައެވެ.

    އުމުރުން 69 އަހަރުގެ ބްރިޖް ބުޝަންއަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ކުރީގެ ސިޔާސީ ބޭފުޅެކެވެ. 2024 ވަނަ އަހަރު އޭނާގެ މައްޗަށް ދައުވާ އުފުލުނު ނަމަވެސް، އެ އަހަރު އޭނާގެ ދައުރު ހަމަވުމުން އަލުން އިންތިހާބަށް ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، އޭނާގެ ދާއިރާއަށް ވާދަކުރީ އޭނާގެ ދަރިފުޅެވެ.

    ގަޔަށް އަތްލައި ޖިންސީ މަންފާ ހޯދުމަށް ބްރިޖް ބުޝަން މަސައްކަތް ކުރި ކަމަށް ފަސް އަންހެން ކުޅުންތެރިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފައެވެ.

    ހުސްވި ހަފްތާގެ ހޯމަ ދުވަހު އިއްވި ހުކުމަށްފަހު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ބްރިޖް ބުޝަން ވިދާޅުވީ، އިންސާފު ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އޭނާއަށް އޮތް ކަމަށާއި، އޭނާއަކީ ދުވަހަކުވެސް ކުށްވެރިއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭނާގެ ވަކީލު ރާޖީވް މޯހަން ވިދާޅުވީ، ހެކިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމާއި، މުހިންމު ކަންކަމުގައި ދެކޮޅުނުޖެހޭ ވާހަކަތަކެއް ހުރުމުން ކޯޓުން އޭނާގެ މުވައްކިލު "އިއްޒަތްތެރިކަމާއެކު މިނިވަންކޮށްފައިވާ" ކަމަށެވެ.

    ކޯޓުގެ ހުކުމާ ގުޅިގެން ބްރިޖް ބުޝަންގެ ސަޕޯޓަރުން ވަނީ ހަވާއަރުވައި، މާބޮނޑިތަކުން އޭނާއަށް މަރުހަބާ ކިޔައި، އޭނާއަށް ތާއީދުކޮށް އަޑުއުފުލާފައެވެ.

    ހިޔާލުތަފާތުވުންތަކާއި އިހުތިޖާޖުތައް

    2023 ވަނަ އަހަރު މި މައްސަލައާ ގުޅިގެން އިންޑިއާގެ ނަން މަޝްހޫރު އަންހެން ރެސްލިން ކުޅުންތެރިން އިސްވެ ތިބެ ގިނަ ހަފުތާތަކެއް ވަންދެން މުޒާހަރާކޮށްފައިވެއެވެ. މީގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ވިނޭޝް ފޯގަޓް އާއި އޮލިމްޕިކްސްއިން ބްރޮންޒް މެޑަލް ހޯދާފައިވާ ސާކްޝީ މާލިކް ހިމެނެއެވެ. އެ ކުޅުންތެރިން ބާރުއަޅަމުން ދިޔައީ އިންޑިއާގެ ރެސްލިން ފެޑެރޭޝަން (ޑަބްލިއު.އެފް.އައި) ގެ ރައީސްކަމުގެ މަގާމުން ސިންގް ވަކިކުރުމަށެވެ.

    ބްރިޖް ބުޝަން އާއި ދެކޮޅަށް ދައުވާކުރާ ކުޅުންތެރިންނަކީ ސިންގްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި 2023 ވަނަ އަހަރު ނިއުދިއްލީގައި ކުރިއަށްގެންދިޔަ އިށީނދެގެން ތިބެ ކުރި މުޒާހަރާތަކުގައި ބައިވެރިވި ސަތޭކައެއްހާ މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. މި ހަރަކާތްތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ. އިންޑިއާގެ އުތުރުގެ ރަށު ފެންވަރުގެ ސަރަހައްދުތަކުގައި ރެސްލިންއަކީ ވަރަށް މަގުބޫލު ކުޅިވަރެކެވެ. އިހުތިޖާޖުގެ ތެރެއިން ޕާލަމެންޓާ ދިމާލަށް ހިނގާފައި ދަނިކޮށް ފޯގަޓް އާއި އެހެނިހެން ކުޅުންތެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެންދިޔައެވެ.

    2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ސިންގްގެ ގާތް މީހަކު ފެޑެރޭޝަންގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން، އޮލިމްޕިކްސްގައި ވާދަކުރި ބަޖްރަންގް ޕުނިއާ ވަނީ އޭނާއަށް ލިބިފައިވާ އިންޑިއާގެ އެންމެ މަތީ މަދަނީ އެވޯޑުތަކުގެ ތެރެއިން އެވޯޑެއް އަނބުރާ ރައްދުކޮށްފައެވެ. އަދި މާލިކް ވެސް ވަނީ އެކަމާ އިހުތިޖާޖުކޮށް ކުޅިވަރުން ރިޓަޔާކޮށްފައެވެ.

    މަސައްކަތް އަދިވެސް ދަނީ ކުރިއަށް

    ސިންގްއާ ދެކޮޅަށް މި މައްސަލަ ހުށަހެޅި އަންހެން ކުޅުންތެރިން ވަނީ ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް އެމީހުންގެ ވަކީލަށް އަންގާފައެވެ. ފޯގަޓް "އެކްސް" ގައި ހާމަކުރި ގޮތުގައި، މި މަސައްކަތް "ވީހާވެސް އަވަހަކަށް" ފަށާނެއެވެ. އޭނާ ބުނި ގޮތުގައި، އެމީހުން އުންމީދު ކަނޑައެއް ނުލައެވެ އަދި ކުޅުންތެރިންގެ ހައްގުގައި ކުރާ މި މަސައްކަތް ކުރިއަށް ގެންދާނެއެވެ.               

    ]]>
    Tue, 04 Aug 2026 02:50:33 +0500 ނިއުސް ޑެސްކް
    މެސީ | ވޯލްޑްކަޕަށް ފަހު ކުޅުނު ފުރަތަ މެޗުގައި ވެސް ތަފާތެއް ނުދެއްކުނު https://heerasnews.com/4470 https://heerasnews.com/4470 ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަދި ބާސެލޯނާގެ ކުރީގެ ތަރި، އިންޓަރ މިއާމީގެ ލިއޮނަލް މެސީ، އޯގަސްޓް 1 ވަނަ ދުވަހު ކޮލަމްބަސް ކްރޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 52 މިނެޓު ބެންޗުގައި ހޭދަކުރުމަށްފަހު ކުޅެން އެރިއެވެ. މިއާމީގެ ފޯވާޑް އަދި ލަ ހީގާގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި އެސިސްޓެއް ހެދިއިރު، ރެއާލް މެޑްރިޑްގެ ކުރީގެ މިޑްފީލްޑަރު ކަސެމީރޯ ވަނީ މިއާމީގެ ދަނޑުގައި އޭނާގެ ފުރަތަމަ މެޗު ކުޅެފައެވެ.

    ނަމަވެސް، މެޗުގެ ފަހުކޮޅު ތަފާތު ދެއްކީ ކްރޫ ޓީމުގައި ހިމެނޭ ލަ ހީގާގެ ކުރީގެ ކުޅުންތެރިއެކެވެ.

    ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކްރޫއާ ގުޅުނު ރެއާލް ސޮސިއެޑާޑްގެ ކުރީގެ އެޓޭކިން މިޑްފީލްޑަރު ބްރައިސް މެންޑޭޒް، އޭނާގެ ފުރަތަމަ އެމް.އެލް.އެސް މެޗުގައި ކޮލަމްބަސްއަށް ޕޮއިންޓެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ކުޅެން އެރިތާ ގާތްގަނޑަކަށް 20 މިނެޓު ފަހުން އޭނާ ކާމިޔާބުކުރި ހިތްގައިމު ހިލޭ ޖެހުމާއެކު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

    "އަހަރެންގެ ފުރަތަމަ މެޗާއި މި ލަނޑާ މެދު ވަރަށް އުފާކުރަން،" ތަރުޖަމާނެއްގެ އެހީގައި މެންޑޭޒް ބުންޏެވެ. "...އަހަރެމެން ބޭނުންވަނީ މި ވަރުގަދަ ކުޅުން ކުރިއަށް ގެންގޮސް، މޮޅުތައް ހޯދައިގެން ތާވަލުގެ ކުރިއަށް ޖެހިލަން."

    މިއީ މެސީ ހިމެނޭ މިއާމީ ޓީމާ ދެކޮޅަށް ކްރޫއިން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އަދި މިއީ ވޯލްޑް ކަޕަށްފަހު އެނބުރި އައިސް މެސީއަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު މެޗެކެވެ. މިދިޔަ ހަފުތާގައި ވާދަވެރި އެފް.ސީ ސިންސިނާޓީ އަތުން 2-1 އިން މޮޅުވުމާއެކު، ފަހުގެ މެޗުތަކުގައި ދެއްކި މޮޅު ކުޅުމާއެކު ކްރޫ މިހާރު ތައްޔާރުވަމުންދަނީ ލީގްސް ކަޕަށެވެ.

    މި މެޗުން ފާހަގަކޮށްލެވުނު މުހިންމު ތިން ކަމެއް ތިރީގައި އެވަނީއެވެ:

    މި މެޗަށް ނުކުތްއިރު ކްރޫގެ ޓީމުން އެންމެ ބޮޑަށް އުނިވީ މެކްސް އާފްސްޓަންއެވެ. އޭނާ އިނގިރޭސި ޗެމްޕިއަންޝިޕްގެ މިޑްލްސްބަރާ އަށް 7.5 މިލިއަން ޑޮލަރަށް ބަދަލުވުމަކީ ކްލަބަށް ލިބުނު ބޮޑު މާލީ ފައިދާއެއް ނަމަވެސް، އެއީ ޓީމުގެ އެޓޭކަށް ލިބުނު ބޮޑު އުނިކަމެކެވެ. މިއާމީއާ ދެކޮޅަށް އެ މަގާމު ފޫބެއްދީ މެންޑޭޒްއެވެ.

    ޖުލައި 2 ގައި 'ޑެސިގްނޭޓަޑް ޕްލޭޔަރ' އެއްގެ ގޮތުގައި ސޮއިކުރި ސްޕެއިންގެ މިޑްފީލްޑަރު، މެޗުގެ 84 ވަނަ މިނެޓުގައި ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ. ސެކޫ ބަންގޫރާއަށް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން މެންޑޭޒް ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.

    "އޭނާގެ ވާތުގެ ހުނަރާއި ބުއްދިވެރިކަން އަހަރެމެންނަށް ފެނިއްޖެ،" ކްރޫގެ ކޯޗު ލޯރެންޓް ކޯޓޮއިސް ބުންޏެވެ. "އޭނާ ބޭނުންވަނީ ފިޓްނަސް އިތުރަށް ރަނގަޅުކޮށް، ޓީމުގެ ސިސްޓަމަށް ހޭނެން. އޭނާއަކީ ހަމަ މޮޅު ކުޅުންތެރިއެއް."

    ވިސާގެ މައްސަލަތަކެއްގެ ސަބަބުން މެންޑޭޒަށް ކޮލަމްބަސްއަށް އާދެވުނީ ޖުލައި 22 ގައެވެ. އޭނާ ޓީމާއެކު ފަރިތަކުރުންތައް ފެށިތާ އެންމެ ހަފުތާއެއްގެ ތެރޭގައި މިއާމީއާ ދެކޮޅަށް ކުޅެ، ތަފާތު ދެއްކިއެވެ. "ފުރަތަމަ ދުވަހުން ފެށިގެން ވެސް ޓީމުން އަހަރެން ބަލައިގަތީ އާއިލާގެ މެންބަރެއްގެ ގޮތުގައި. މި ކްލަބަށް ކާމިޔާބީތައް ހޯދައިދޭން އަހަރެން ބޭނުން،" މެންޑޭޒް ބުންޏެވެ.

    މެޗުގެ ފުރަތަމަ ހާފު ފެނުނީ ވަރަށް އޮޅުންބޮޅުން ބޮޑުކޮށެވެ. މެޗުގެ 16 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ވަނީ ކްރޫގެ ގޯލްކީޕަރު ޕެޓްރިކް ޝުލްޓޭގެ ބޯމަތިން ފޮނުވާލި ހިތްގައިމު ހަމަލާއަކުން މިއާމީއަށް ކުރި ހޯދައިދީފައެވެ. ސުއަރޭޒް މި ހަމަލާ ފޮނުވާލިއިރު ކީޕަރު ހުރީ އޭނާގެ މަގާމުން މާ ބޮޑަށް ކުރިއަށް ނުކުމެއެވެ.

    "ސުއަރޭޒްގެ ކުޅަދާނަކަން އަހަރެމެންނަށް އެނގޭ. އޭނާއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް، ކުޑަ ކުށެއް ކުރިޔަސް އޭނާ އޭގެ ފައިދާ ނަގާނެ،" ކޯޗު ކޯޓޮއިސް ބުންޏެވެ.

    ސުއަރޭޒްގެ އުމުރުން މިހާރު 39 އަހަރު ނަމަވެސް، އޭނާގެ ފެންވަރަށް ބަދަލެއް ނާދެއެވެ. އޭނާ ވެފައިވަނީ ޖެހިޖެހިގެން ތިން ސީޒަނުގައި 10 ލަނޑާއި 5 އެސިސްޓް ހަމަކުރި އެމް.އެލް.އެސް ތާރީހުގެ ފަސްވަނަ ކުޅުންތެރިޔާއަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ނޯއާ އެލަން މިއާމީގެ ދެވަނަ ލަނޑު ޖެހިއެވެ. އޭގެ ކުރިން ކްރޫގެ ގޯލް ކާމިޔާބުވީ ކަސެމީރޯ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

    މެންޑޭޒްގެ އިތުރުން މިޑްފީލްޑަރު ލައުޓާރޯ ގިއަކޯނީ އަދި ޑިފެންޑަރު ބްރޫކްސް ލެނަން ވެސް ވަނީ މި މެޗުގައި ކްރޫއަށް ފުރަތަމަ ފަހަރަށް ކުޅެދީފައެވެ. އެމީހުންގެ އެންމެ ބޮޑު ޒިންމާއަކަށްވީ އަށް ފަހަރު ބެލޮންޑޯ ހޯދާފައިވާ މެސީ ހުއްޓުވުމެވެ.

    މެސީ ކުޅެން އެރުމާއެކު މިއާމީއަށް އިތުރު ދިރުމެއް ލިބި، ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ކްރޫގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ. ހާއްސަކޮށް މެޗުގެ ފަހު މިނެޓުތަކުގައި މެސީ ފޮނުވާލި ހަމަލާތައް ހިފަހައްޓައި، ކްރޫއިން ވަނީ އަގުހުރި ޕޮއިންޓެއް ހޯދާފައެވެ.

    ކްރޫ ދެން ނުކުންނާނީ އޯގަސްޓް 4 ގައި ފަށާ ލީގްސް ކަޕްގެ މެޗުތަކަށެވެ.

    ]]>
    Sun, 02 Aug 2026 19:23:44 +0500 ނިއުސް ޑެސްކް
    މޮޑެލް ޓްވިޝާ ޝަރްމާ މަރު: މައިދައިތައާއި ފިރިމީހާ ހައްޔަރަށް https://heerasnews.com/4469 https://heerasnews.com/4469 އިންޑިއާގެ މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރްމާގެ މަރުގެ މައްސަލައިގައި، އޭނާގެ މައިދައިތަ އިންޑިއާގެ މަރުކަޒީ ތަހުގީގީ އިދާރާ (ސީ.ބީ.އައި) އިން ހައްޔަރުކޮށްފިއެވެ. ޓްވިޝާގެ މަރަކީ ގާތިލާގެ އާއިލާއިން ކުރާ ތުހުމަތުތަކާ އެއްގޮތް މަރުގެ ހާދިސާއެއްތޯ ނުވަތަ އަމިއްލައަށް މަރުވުމުގެ ހާދިސާއެއްތޯ ބެލުމަށް ދަނީ ތަހުގީގު ކުރަމުންނެވެ.

    އުމުރުން 33 އަހަރުގެ ޓްވިޝާ މަރުވެފައި އޮއްވާ ފެނުނީ މަދްޔަޕްރަދޭޝްގެ ބޯޕާލްގައި ހުންނަ އޭނާގެ ފިރިމީހާގެ ގޭގެ ތެރެއިން މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ އޭނާ ކައިވެނިކުރިތާ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައެވެ.

    ޓްވިޝާގެ ފިރިމީހާ ސަމަރުތު ސިންގް އަކީ ގާނޫނީ ވަކީލެކެވެ. ޓްވިޝާގެ މައިދައިތަ ގިރިބާލާ ސިންގް އަކީ ރިޓަޔަރޑް ފަނޑިޔާރެކެވެ. ބަފާކަލޭގެ އަވަނިންދަރާ ކޭ. ސިންގ އަކީވެސް ރިޓަޔަރޑް ފަނޑިޔާރެކެވެ. އެމީހުންގެ މައްޗަށް ޓްވިޝާ އާއިލާއިން ތުމަތުކުރަނީ 'ޑައުރީ' ގެ މައްސަލައިގައި ޓްވިޝާއަށް ބޮޑެތި އަނިޔާތަކެއް ކޮށް، އޭނާ މަރާލާފައިވާކަމަށެވެ. ނަމަވެސް، ފިރިމީހާގެ އާއިލާއިން މި ތުހުމަތުތައް ދޮގުކުރެއެވެ.

    މިދިޔަ ބުރާސްފަތި ދުވަހު ސީ.ބީ.އައި އިން ގިރިބާލާ ސިންގް ހައްޔަރުކުރީ އެތައް އިރެއް ވަންދެން އޭނާއާ ސުވާލުކުރުމަށްފަހުއެވެ. މަދްޔަޕްރަދޭޝްގެ ހައިކޯޓުން ވަނީ އޭނާގެ ކަފާލާތުގެ ފުރުސަތު ވެސް ބާތިލުކޮށްފައެވެ. އެއީ ދަށު ކޯޓުން މައްސަލައިގެ މުހިންމު ހެކިތަކާއި ހެކިބަހަށް އިހުމާލުވެފައިވާކަމަށް ބުނެއެވެ.

    މި މައްސަލައިގައި ފުލުހުން ފުރަތަމަ މައްސަލަ ރަޖިސްޓްރީކުރީ 'ޑައުރީ ޑެތު' ނުވަތަ ރަންގެ މައްސަލައިގައި މަރުވުމުގެ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް، މި ހަފުތާގެ ކުރީކޮޅު މުޅި ތަހުގީގު ސީ.ބީ.އައި އާ ވަނީ ހަވާލުކޮށްފައެވެ.

    ޓްވިޝާގެ މަރާއެކު އިންޑިއާގައި 'ޑައުރީ' ނުވަތަ ރަންގެ މައްސަލައިގައި އަންހެނުންނަށް ކުރާ އަނިޔާތަކުގެ ބަހުސް އަނެއްކާވެސް ވަނީ ގަދަވެފައެވެ. 1961 ވަނަ އަހަރުން ފެށިގެން އިންޑިއާގައި މި އާދަކާދަ މަނާކޮށްފައިވީ ނަމަވެސް، ކޮންމެ އަހަރަކު އެތައް ހާސް އަންހެނުންނެއް މި ސަބަބާ ހުރެ މަރާލެވެއެވެ. މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނު އަނެއް ސަބަބަކީ، ޓްވިޝާ އަކީ ކުރީގެ ރީތީގެ ރާނީއެއްގެ އިތުރުން މަޝްހޫރު އެކްޓަރަކަށް ވެފައި، އޭނާގެ ފިރިމީހާގެ އާއިލާއަކީ ގާނޫނީ ދާއިރާގެ ނުފޫޒުގަދަ ބަޔަކަށް ވުމެވެ.

    ޓްވިޝާގެ އާއިލާއިން ބުނާ ގޮތުގައި، ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަންގެ މައްސަލައިގައި ގޯނާކުރަން ފެށިއެވެ. އަދި ޓްވިޝާ ބަލިވެ އިނުމުން، އޭނާގެ ފިރިމީހާ އާއި މައިދައިތަ ވަނީ އޭނާގެ އިއްފަތްތެރިކަމާ މެދު ސުވާލު އުފައްދައި، މަޖުބޫރުން ދަރިވައްޓާލަން ޖައްސާފައި ކަމަށްވެސް އާއިލާއިން ތުހުމަތުކުރެއެވެ.

    ނަމަވެސް ސިންގްގެ އާއިލާއިން ބުނަނީ ޓްވިޝާއަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދިޔަ މީހެއް ކަމަށާއި، އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. އަދި ދަރިވައްޓާލީ އަމިއްލަ އިޚްތިޔާރުގައި ކަމަށްވެސް އެ އާއިލާއިން ބުނެއެވެ.

    ޓްވިޝާގެ ފިރިމީހާ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ. އޭނާ ހައްޔަރުކުރީ ޓްވިޝާގެ މަރަށްފަހު ފިލައިގެން އުޅެނިކޮށް މެއި 22 ގައެވެ. ޓްވިޝާގެ ހަށިގަނޑު އަންދާލާފައިވަނީ ދެވަނަ އޮޓޮޕްސީއެއް ހެދުމަށްފަހު މިދިޔަ އާދީއްތަ ދުވަހުއެވެ. އާއިލާއިން ތުހުމަތުކުރި ގޮތުގައި ފުރަތަމަ ހެދި ޕޯސްޓްމޯޓަމްގައި މައްސަލަތަކެއް ހުރި އިރު، ފުލުހުން ވަނީ ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައެވެ. އެކަމަކު ފުލުހުން މި ތުހުމަތުތައް ދޮގުކުރެއެވެ.

    ]]>
    Sun, 02 Aug 2026 11:24:46 +0500 ނިއުސް ޑެސްކް
    މި ސަރުކާރަކީ ވަގުންގެ ސަރުކާރެއް: ރައީސް ޔާމީން https://heerasnews.com/4466 https://heerasnews.com/4466 ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުންގެ ސަރުކާރެއް ކަމަށްް ކުރީގެ ރައީސް އަބްދުއްލާ ޔާމީނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީނު އެހެން ވިދާޅުވީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވަމުންގެންދަވާ ފްރޮންޓް އޮފީހު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

    ވަގުންގެ ސަރުކާރުގެ ހުރިހާތަނެއްގައިވެސް ކުރަނީ ވައްކަން ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. "ފޮޓޯތަކުން ދައްކާ މީހުންގެ އާމްދަނީއާ ނުބައްދަލު މުއްސަދި ކަމަކީ އެންމެން ދަންނަ ކަންކަން" ކަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ. ރައީސް ޔާމީނު އިޝާރާތް އެކުރައްވަނީ ޕީއެންސީއަށް ނިސްބަތް އިސްމީހުން ކަމަށް ގަބޫލުކުރެވެއެވެ.

    މިއަދު ސަރުކާރުގެ ނުފޫޒުގަދަ މަގާމުތަކުގައި ތިބެގެން ވައްކަން ކުރާމީހުނަށް، އެމީހުން މިއަދު މޭޒުގައި ތިބިކޮޅު ނޫން އަނެއްކޮޅަށް ބަދަލު ވެދާނެކަން އެ މީހުނަށް ނުވިސްނެނީކަމަށް ވެދާނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެންމެ ވަރުގަދަ އަނިޔާވެރިން ކަންކަން ދެކޭ ގޮތަކީ އެއީކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވިއެވެ. 

    ރައީސް މުއިއްޒަކީ ރައީސް ޔާމީނުގެ ހިޔަނީގައި ވެރިކަން ހޯއްދެވުމަށްފަހު ރައީސް ޔާމީނަށާއި ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރި ވަމުންދާ ވެރިއެއްގެ ގޮތުގައި މަޝްހޫރު ވެރިއެކެވެ، ރައީސް މުއިއްޒަކީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި ކޮރަޕްޝަން ހިންގުމުގައި ދެވަނައެއް ނެތް ފަދަ ވެރިއެއްކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.

    ރައީސް މުއިއްޒަކީ ކުރީ ސަރުކާރުތަކުގައި ދައުލަތަށް ގެއްލިފައިވާ މުދަލާ ފައިސާ އަނބުރާ ހޯދާދާދިނުމުގެ ވައުދު ތަކުރާރު ކުރައްވަމުން ވެރިކަމަށް ވަޑައިގެން ބޭފުޅެކެވެ. ހައްދެއްނެތް މިންވަރަށް ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި އިސްރާފު ކުރެއްވުމުގައި ވެރިކަމުގެ ދައުރެއް ނިންމަމުންދާ ރައީސެއްކަމަށް ރައްޔިތުން ގަބޫލުކުރާ ބޭފުޅެކެވެ. ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުންގެ ސަރުކާރެއް ކަމަށް ވިދާޅުވަނީ ހަމައެކަނި ރައީސް ޔާމީނެއް ނޫނެވެ.  

    ]]>
    Sat, 01 Aug 2026 23:52:19 +0500 ނިއުސް ޑެސްކް
    ކޮކްރޮޗުންނަކީ މަގު އޮޅިފައިވާ ކުދިންތަކެއް: މޯދީ https://heerasnews.com/4464 https://heerasnews.com/4464 މުޒާހަރާކުރި ދަރިވަރުންނަށް އަދަބު ދިނުމަކުން މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

    ހުސްވި މަހު ކުރިއަށްދިޔަ މުޒާހަރާތަކުގައި ބޮޑުވަޒީރު މޯދީއާ ދެކޮޅަށް ހުތުރު ބަހުން މުއާމަލާތްކުރި ދަރިވަރުންނަށް މާފުކުރަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ކުދިންނަށް އަދަބުދީ، ތަކުރާރުކޮށް ކޯޓަށް ހާޒިރުކުރުވުމަކީ މައްސަލަ ހައްލުވާނެ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

    މޯދީގެ ތިންވަނަ ދައުރުގައި ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ގޮންޖެހުން އުފެދުނީ، އިންޑިއާގެ ގައުމީ އިމްތިހާނުގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން މިދިޔަ ޖުލައި މަހު 2 މިލިއަން ދަރިވަރުން އަލުން އިމްތިހާނު ހަދަން ޖެހުމުންނެވެ. މީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް މަދުވުމާ މެދު ޒުވާނުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިގެންދިޔައެވެ.

    މުޒާހަރާތަކުގެ ތެރެއިން ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ބޮޑުވަޒީރާ ދެކޮޅަށް އަޑުއުފުލި އެތައް ސަތޭކަ ދަރިވަރުންނެއްގެ މައްޗަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

    ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި މޯދީ ވިދާޅުވީ، "މިއީ މަގު އޮޅިފައިވާ ކުދިންތަކެއް ކަމަށާއި، އެކުދިންނަށް ރަނގަޅު މަގު ދައްކައިދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް" ކަމަށެވެ. އަދި އެކުދިންނަށް އަދަބުދީ، ކޯޓުތަކަށް ދުއްވައި، މުޖުތަމައުގައި ބާކީކޮށްލުމަކުން ހާލަތު ބަދަލުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުންވަނީ އެކުދިންނަށް މާފުކުރަން. އަޅުގަނޑުގެ މި ނިންމުން މުޖުތަމައުންވެސް ބަލައިގަންނާނެ ކަމަށް އުންމީދު ކުރަން،" މޯދީ ވިދާޅުވިއެވެ.

    މުޒާހަރާތަކުގެ ތެރޭގައި އިންޑިއާގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް ނިއުދިއްލީގައި، މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ޕާލަމެންޓާ ދިމާލަށް ހިނގާފައި ދިޔަ މީހުން ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަގޭހާއި މުގުރުގެ ބޭނުންކޮށްފައެވެ.

    ހަރަކާތުގައި އިސްކޮށް އުޅުނު "ކޮކްރޯޗް ޖަންތާ ޕާޓީ" އިން ހޯމަ ދުވަހު ބުނި ގޮތުގައި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދާނެ ކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް، އެކި ސްޓޭޓްތަކުން އެތައް ސަތޭކަ ދަރިވަރުންނެއް އަދިވެސް ވަނީ ހައްޔަރުކޮށްފައެވެ.

    އިންޑިއާގެ ޒުވާނުން ކުރަމުންދިޔަ މުޒާހަރާތައް ނިންމާލީ އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމުންނާއި، އިމްތިހާނު ނިޒާމު އިސްލާހުކުރުމާއި ދަރިވަރުންގެ މައްޗަށް އުފުލާފައިވާ މައްސަލަތައް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވުމާ ގުޅިގެންނެވެ.

    ކުރަފި މުޒާހަރާ އާއި ގުޅިގެން މޯދީގެ ސަރުކާރުން މިހާރު ވަނީ އާންމު އިމްތިހާނުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ޕާލަމެންޓަށް ބިލެއް ހުށަހަޅާފައެވެ. މި ބިލުގައި އިމްތިހާނު ކަރުދާސް ލީކުކުރުމުގައި ބައިވެރިވާ ފަރާތްތަކަށް ދޭ އަދަބުތައް ހަރުކަށިކޮށް، ބޮޑެތި ޖޫރިމަނާތަކާއި ދިގު މުއްދަތުގެ ޖަލު ހުކުމްތައް ވަނީ ހިމަނާފައެވެ.

    ]]>
    Sat, 01 Aug 2026 16:35:35 +0500 ނިއުސް ޑެސްކް
    މައިދައިތަ އުޅެނީ މަރާލަން ކަމަށް ހީކުރެވުނު https://heerasnews.com/4463 https://heerasnews.com/4463 ހަށިގަނޑު ވަރުގަދަކުރުމަށްޓަކައި އިންޓަނެޓް މެދުވެރިކޮށް ކަސްރަތަށް ބޭނުންކުރާ ސަޕްލިމެންޓެއް ގަތް މީހަކަށް، އޭގެ ސަބަބުން ނަފްސާނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

    ޑެނިއަލް މާފީއަށް ހީވެފައި އޮތީ އޭނާ ބޭނުންކުރަމުން ދިޔައީ ޓެސްޓުކޮށްފައިވާ، ރައްކާތެރި ސަޕްލިމެންޓެއް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ނަފްސާނީ ދުޅަހެޔޮކަން އިންތިހާއަށް ގޯސްވެ، އަމިއްލަ އަނބިމީހާއާއި މައިދައިތައާ މެދު ބިރުވެރި ވަހުމްތަކެއް އުފެދި، އޭނާގެ ނަފްސާނީ ހަމަޖެހުން މުޅިން ގެއްލުނެވެ.

    ޑެނިއަލްއަށް ނޭނގި އޭނާ ބޭނުންކުރި ގުޅަތަކުގައި ހަށިގަނޑަށް ނުރައްކާވާ މިންވަރަށް ޓެސްޓޮސްޓަރޯން މަސްހުނިކޮށްފައިވެއެވެ. މި މައްސަލައަކީ އެމެރިކާގެ "ޕެރަޑައިމް ޕެޕްޓައިޑްސް" ކުންފުންޏާ ދެކޮޅަށް ހުށަހެޅުނު ބޮޑު މައްސަލައެއްގެ ބައެކެވެ. އެ ކުންފުނީގެ ވެރިޔާ މެތިއު ކާވާ، ހުއްދަ ނެތް ބޭސްތަކެއް އޮޅުވާލައިގެން ވިއްކިކަމުގެ ކުށުގައި ފަސް އަހަރާއި ދިހަ މަސްދުވަހަށް ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފައެވެ. އަދި އޭނާގެ އާއިލީ މީހެއް ކަމަށްވާ ޖެނިފާ ސްޓެޗްކޯބާ ވެސް ވަނީ އެއް އަހަރާއި ހަތަރު މަހަށް ޖަލަށް ލާފައެވެ.

    މި މީހުން ވަނީ ބޭސްތައް އުފެއްދި ތަނާއި، އޭގެ ސާފުކަމާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައެވެ. އެމެރިކާގައި އުފައްދާ އެއްޗެއް ކަމަށް ބުނި ނަމަވެސް، އެ ތަކެއްޗަކީ ޗައިނާއާއި އިންޑިއާ ފަދަ ގައުމުތަކުން އެތެރެކޮށްފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ފެންވަރު ކަށަވަރުކޮށްދޭ ލިޔެކިޔުންތަކަކީ ވެސް އަމިއްލައަށް ހަދާފައިވާ ސައްހަ ނޫން ލިޔުންތަކެކެވެ.

    ޓެސްޓޮސްޓަރޯންއަކީ އިންސާނާގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން އުފައްދާ ހޯރމޯންއެއް ނަމަވެސް، ޑޮކްޓަރެއްގެ ލަފާގެ މަތިން މެނުވީ އެ ބޭނުންކުރުމަކީ ފުރަމޭ ހަލާކުވުމާއި، ހިތުގެ މައްސަލަތައް އަދި ނަފްސާނީ ބޮޑެތި ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

    ޑެނިއަލް މާފީ ކިޔައިދިން ގޮތުގައި، މި ސަޕްލިމެންޓް ބޭނުންކުރަން ފެށުމާއެކު ފުރަތަމަ ކޮޅު އޭނާގެ ހަކަތަ އިތުރުވި ކަމަށް އިހުސާސް ކުރެވުނެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ ނިދި ނައުމާއި، މާބޮޑަށް ހާސްވުމާއި، ވަހުމްތަކުގެ ތެރެއަށް އޭނާ ގެނބުނެވެ. އޭނާ ގަބޫލުކުރަން ފެށީ އަނބިމީހާ އޭނާގެ ވިޔަފާރި އަތުލަން އުޅޭ ކަމަށާއި، މައިދައިތަ އޭނާ މަރާލަން އުޅޭ ކަމަށެވެ.

    އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން އެ ކުންފުނި ތަހުގީގުކުރަން ފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2023 ވަނަ އަހަރު ކުރި ޓެސްޓުތަކުން އެނގުނު ގޮތުގައި، އެ ކުންފުނިން ވިއްކި ހުރިހާ ސަޕްލިމެންޓްތަކެއްގައި ވެސް ސްޓެރޮއިޑްސް މަސްހުނިކޮށްފައިވެއެވެ.

    މި މައްސަލައާ ގުޅިގެން ސިއްހީ މާހިރުން އިންޒާރު ދެއްވަނީ، އިންޓަނެޓް މެދުވެރިކޮށް މިފަދަ ތަކެތި ވިއްކުމަކީ ދުނިޔޭގެ ފެންވަރުގައި ހިނގާ ބޮޑު ވިޔަފާރިއަކަށް ވާއިރު، އޭގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށެވެ. ގިނަ ފަހަރަށް މީހުންނަށް ގަނެވެނީ އެމީހުން ހީކުރާ އެއްޗެއް ނޫން ކަމަށާއި، އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.

    ޑެނިއަލް މިހާރު ވަނީ މި ބަލިން މުޅިން ފަސޭހަވެ، އާންމު ހާލަތަށް ރުޖޫއަވެފައެވެ. އޭނާ ބުނި ގޮތުގައި މިހާރު އޭނާ އެއްވެސް ކަހަލަ ސަޕްލިމެންޓެއް ބޭނުން ނުކުރެއެވެ. އޭނާ އެ ވާހަކަ ދައްކަނީ އެހެން މީހުން އޭނާއަށް ދިމާވި ފަދަ ނުރައްކާތެރި ދަލެއްގައި ޖެހުނަ ނުދިނުމަށެވެ. "އަހަރެން އެކުރީ އަހަރެންގެ ސިއްހަތާއި، އާއިލާއާއި، އަދި ދިރިއުޅުމާ ދެކޮޅަށް ކުރި ބޮޑު ޖުވާކުޅުމެއް." ކަމަށް އޭނާ ބުންޏެވެ.

    ]]>
    Sat, 01 Aug 2026 15:41:20 +0500 ނިއުސް ޑެސްކް
    ރައީސްގެ ދަރިކަލުން މައްޗަށް ތަހުގީގުހިންގަން ސްޕްރީމްކޯޓުން ހުއްދަދީފި https://heerasnews.com/4462 https://heerasnews.com/4462 ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ދަރިކަލުންގެ މައްސަލައެއް ތަހުގީގު ކުރުމުގެ ހުއްދަ ފެޑަރަލް ފުލުހުންނަށް ބްރެޒިލްގެ ސްޕްރީމް ކޯޓުން ދީފިއެވެ. ބްރެޒިލް ރައީސް ލުއިޒް އިނާސިއޯގެ ދަރިކަލުން ފަބިއޯ ލުއިޒް ލޫލާ ގެ މައްޗަށް ތަހުގީގު ހިންގަނީ ހެލްތު މިނިސްޓްރީއާ ގުޅުންހުރި ކަންކަމުގައި ލޮބީސްޓަކަށް ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

    ރައީސްގެ ދަރިކަލުން ފަބިއޯ ލުއިސް ލޫލާ ޑަ ސިލްވާ އާ ދެކޮޅަށް ތަހުގީގު ހިންގުމުގެ ހުއްދައަށް ފުލުހުން އެދިފައިވަނީ މިދިޔަ ހަފުތާގައެވެ. އޭނާގެ މައްޗަށް ކުރެވެނީ ވިޔަފާވެރިއެއް ކަމަށްވާ އެންޓޯނިއޯ ކާލޯސް ކަމީލޯ އެންޓޫނެސްގެ ފައިދާއަށްޓަކައި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ކޮރަޕްޝަންގެ ތުހުމަތެވެ.

    ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލާނީ، ކެނަބިޑިއޯލް އެކުލެވޭ ބޭހެއް ސަރުކާރުން ގަތުމާ ގުޅޭ މުއާމަލާތެއްގައި، އެންޓޫނެސްގެ ވިޔަފާރިތަކަށް ހެލްތު މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމުގެ މަގު ފަބިއޯ ލުއިސް ފަހިކޮށްދީފައިވޭތޯއެވެ.

    ރައީސްގެ ދަރިކަލުން ފަބިއޯ ލުއިސްގެ ވަކީލު މިކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެފަދަ ތަހުގީގެއް ހިނގާކަން ރަސްމީކޮށް އެނގިފައިނުވާ ކަމަށާއި، އެކަމުގެ އެއްވެސް ލިޔެކިޔުމެއް އަދި  ލިބިފައިނުވާ ކަމަށެވެ. މިއީ ސިޔާސީ މަގުސަދެއްގައި ހިންގާ ގައިރުގާނޫނީ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

    އެހެން ނަމަވެސް ރައީސް ލޫލާ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާގެ ދަރިކަލުންނާ މެދުވެސް އަމަލުކުރެވޭނީ އެހެން ކޮންމެ ރައްޔިތަކާ މެދުވެސް އަމަލުކުރާ އުސޫލުން ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދަރިކަލުން ހިމާޔަތް ނުކުރައްވާނެ ކަމަށެވެ. އަދި ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

    ބްރެޒިލްގެ ނޭޝަނަލް ސޯޝަލް ސެކިއުރިޓީ އިންސްޓިޓިއުޓް އިން ދޭ ޕެންޝަން ފައިސާގެ ތެރެއިން ނާޖާއިޒު ގޮތުގައި ފައިސާ ހޯދާފައިވާ ކަމަށް ބުނާ މައްސަލައެއްގައިވެސް، ރައީސް ލޫލާގެ ދަރިކަލުން ފަބިއޯ ލުއިސް މައްޗަށް ތަހުގީގު ހިންގުމުގެ ހުއްދަ މިއަހަރުގެ ކުރީކޮޅު ސުޕްރީމް ކޯޓުން ވަނީ ދީފައެވެ.

    ފެބްރުއަރީ މަހު ދެއްވި އިންޓަވިއުއެއްގައި ރައީސް ލޫލާ ވިދާޅުވެފައިވަނީ މި މައްސަލަތަކާ ގުޅިގެން އޭނާގެ ދަރިކަލުންނާ ސުވާލުކުރެއްވި ކަމަށެވެ. "ކަމެއް ގޯސްކޮށް ކޮށްފައިވާނަމަ، އޭގެ އަދަބު ލިބޭނެ. އެފަދަ ކަމެއް ކޮށްފައި ނުވާނަމަ، ތިމާގެ ދިފާއުގައި މަސައްކަތްކުރާށޭ" ދަރިކަލުން ގާތު ވިދާޅުވެފައި ވާނޭކަމަށެވެ. 

    ]]>
    Sat, 01 Aug 2026 12:17:46 +0500 ނިއުސް ޑެސްކް
    ކުރާ ކުދިކުދި ދައުވާކޮށް އެތައްބަޔަކު ހަލާކުކޮށްލުން https://heerasnews.com/4459 https://heerasnews.com/4459 ޓްރަމްޕްގެ ވެރިކަމުގައި ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އެތައް ސަތޭކަ ބަޔަކަށް ޖަސްޓިސް ޑިޕާޓްމަންޓުން ދައުވާކުރިއެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކެއް ފަހުން އަނބުރާ ގެންދިޔަ ނަމަވެސް، އެކަމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

    ޓްރަމްޕްގެ ސަރުކާރުން ވަނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންނަށް ހަމަލާދިނުމާއި، އެމީހުންގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މުޒާހަރާތަކުގެ ބައިވެރިންނަށް ވަރަށް ހަރުކަށިކޮށް ދައުވާ އުފުލާފައެވެ. ނަމަވެސް، ދިރާސާއަކުން ދައްކާ ގޮތުގައި، އާންމުކޮށް މިފަދަ މައްސަލަތައް އަނބުރާ ގެންދާ މިންވަރަށް ވުރެ މާ މަތީ އަދަދަކަށް ޕްރޮސެކިއުޓަރުން ދަނީ މި މައްސަލަތައް ދޫކޮށްލަމުންނެވެ. މައްސަލަތައް އަނބުރާ ގެންދިޔަ ނަމަވެސް، ތުހުމަތު ކުރެވުނު ފަރާތްތަކުގެ ވަޒީފާ ގެއްލުމާއި، އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވި ފުރައްސާރައާއި، ގާނޫނީ ފީތަކުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނެވެ.

    މިގޮތުން ދިމާވި އެއް ހާދިސާއަކީ، މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އިމިގްރޭޝަނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން، ލޮސް އެންޖެލިސް ކައިރީގައި ހުރި ފެޑެރަލް އިމާރާތެއް ބަލަހައްޓަން ތިބި އޮފިސަރުންނާ ދިމާލަށް ފެންފުޅިއެއް އެއްލި ކަމަށް އިއުތިރާފުވި ކްރިސްޓިއަން ގާސިއާގެ މައްސަލައެވެ. 32 އަހަރުގެ ފޮޓޯގްރާފަރެއް ކަމަށްވާ ގާސިއާ ބުނި ގޮތުގައި އެއީ ހުސް ޕްލާސްޓިކް ފުޅިއެކެވެ. އޭނާ އެއްލި ފުޅި އެއްވެސް މީހެއްގެ ގައިގައި ނުޖެހި އެނބުރި އައިސް ޖެހުނީ ހުދު އޭނާގެ ގައިގައެވެ. ނަމަވެސް، އޭނާ ހައްޔަރުކޮށް، ތިން ދުވަހު ޖަލުގައި ބަންދުކުރުމަށްފަހު، އެއް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ދައުވާއެއް އުފުލިއެވެ. އޭނާ ވަޒީފާ އަދާކުރާ ފަރާތްތަކަށް ތަހުގީގީ އިދާރާތަކުން ގުޅުމާ ގުޅިގެން، އޭނާ އަދާކުރަމުންދިޔަ ދެ ވަޒީފާވެސް ގެއްލުނެވެ. އެންމެ ފަހުން، އެއްވެސް ރަސްމީ ސަބަބެއް ހާމަކުރުމެއް ނެތި ޕްރޮސެކިއުޓަރުން އެ މައްސަލަ އަނބުރާ ގެންދިޔައެވެ.

    ޓްރަމްޕްގެ ސަރުކާރުން ފެޑެރަލް އޮފިސަރުންނަށް ހަމަލާދިނުމުގެ ތުހުމަތުގައި މަދުވެގެން 851 މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވެއެވެ. ފެޑެރަލް ކޯޓުތަކުގެ ރެކޯޑުތައް ބައިނަލްއަގުވާމީ ނޫސްއެޖެންސީއަކުން ވަނީ ކޮށްފައެވެ. އެ ދިރާސާ ދައްކާގޮތުން މިހާތަނަށް ނިމިފައިވާ މައްސަލަތަކުގެ 31 އިންސައްތަ މައްސަލައަކީ ބާތިލުކޮށްފައިވާ މައްސަލައެވެ. މިއީ އާންމުކޮށް ފެޑެރަލް ޖިނާއީ މައްސަލަތައް ބާތިލުކުރާ ނިސްބަތް ކަމަށްވާ 8 އިންސައްތައަށްވުރެ މާ މަތީ އަދަދެކެވެ.

    ދައުވާތަކުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ބައެއް މީހުންނަށް ވަޒީފާ ގެއްލިފައިވާއިރު، އަނެއް ބަޔަކަށް ބޮޑެތި ގާނޫނީ ފީތައް ދައްކަން ޖެހި، އަދި ސަރުކާރުން އެމީހުން ހައްޔަރުކުރިކަން އާންމުކުރުމާ ގުޅިގެން އިންޓަނެޓްގައި މަރުގެ އިންޒާރުތަކާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ.

    ގާސިއާ ބުނި ގޮތުގައި އޭނާގެ މައްސަލަ ބާތިލުކުރި ނަމަވެސް، އަލުން ވަޒީފާއެއް ނުލިބުނެވެ. އަދި އޭނާގެ އަތުން އަތުލި ފޯނުވެސް އަނބުރާ ނުލިބޭ ކަމަށް އޭނާ ބުންޏެވެ. "އަހަރެންގެ މުޅި ދިރިއުޅުން އެންމެ ދުވަހަކުން ބަދަލުވެއްޖެ، އެއްވެސް އިންސާފެއް ނުލިބުނު،" އޭނާ ކިޔައިދިނެވެ.

    މިފަދަ ހާދިސާތަކަކީ ދައުވާ ކުރާނެ ކަންކަމެއް ނޫން ކަމަށް ކުރީން ޕްރޮސެކިއުޓަރުން ބުނަމުން ދިޔަ ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ވަނީ އެފަދަ ކުދިކުދި ކަންކަމުގައިވެސް ފެޑެރަލް ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި، ވަރަށް މަޑުން ދުއްވާފައި ގޮސް އޮފިސަރެއްގެ ކާރުގައި ޖެއްސި އަންހެނަކާއި، އޮފިސަރަކާ ތަޅާފޮޅަން ގޮންޖެހި ނަމަވެސް އެއްވެސް ހަމަލާއެއް ނުދޭ މީހަކާއި، އަދި އޮފިސަރެއްގެ ގައިގައި ޖެހި ބައުންސްވި ސޭންޑްވިޗެއް އެއްލި މީހެއްގެ މައްޗަށް ކުރި ދައުވާ ހިމެނެއެވެ.

    ކޯޓު ރެކޯޑުތަކާއި ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ވަނީ މިފަދަ މައްސަލަތައް ކޯޓަށް ވެއްދުމުގެ މިންގަނޑު ވަރަށް ބޮޑަށް ދަށްކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމާނަމަ، އެކަން ވޮޝިންގްޓަނަށް ސަބަބާއެކު އަންގަން ޖެހޭ ގޮތަށް އޮތުމުން، ޕްރޮސެކިއުޓަރުންނަށް ވަނީ މައްސަލަތައް ކުރިއަށް ގެންދަން މަޖުބޫރުވެފައެވެ.

    ނަމަވެސް، މި މައްސަލަތައް ކޯޓުގައި ސާބިތުކޮށްދިނުމުގައި ޕްރޮސެކިއުޓަރުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ބައެއް ހާދިސާތަކުގައި އޮފިސަރުން ދީފައިވާ ބަޔާންތަކަކީ ދޮގު ބަޔާންތަކެއްކަން ވީޑިއޯ ފުޓޭޖްތަކުން ސާބިތުވެފައިވެއެވެ. މީގެ ސަބަބުން ސަރުކާރުގެ ވަކީލުންނަށް ފަނޑިޔާރުން ކުރާ އިތުބާރު ކުޑަވެގެންދާ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

    އެއް މައްސަލައެއްގައި ފަނޑިޔާރަކު ވަނީ ޕްރޮސެކިއުޓަރުން އަމަލުކުރި ގޮތުން، ސަރުކާރުގެ ވަކީލުންނަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.

    ]]>
    Fri, 31 Jul 2026 13:53:37 +0500 ނިއުސް ޑެސްކް
    ރައީސް ނަޝީދުގެ ދިފާއީވަކީލު އާމާލު ކްލޫނީ ގެދޮރުދޫކޮށް ނިކުމެއްޖެ https://heerasnews.com/4458 https://heerasnews.com/4458 ފަރަންސޭސިވިލާތުގެ ދެކުނު ސަރަހައްދުގައި ފެތުރެމުންދާ ވަރުގަދަ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަނބިކަނބަލުން އަމާލް ކްލޫނީ އެ ގައުމުގައި ހުންނަ އެބޭފުޅުންގެ ގެދޮރު ދޫކުރައްވާ ރައްކާތެރި ހިސާބަކަށް ބަދަލުވެވަޑައިގެންފިއެވެ.

    އިންސާނީ ހައްގުތަކާ ބެހޭ ވަކީލު އަމާލް އާއި ޖޯޖް ކްލޫނީ، އެގޭފުޅުންގެ ދެ ކުދިންނާއެކު ބްރިގްނޯލްސްގައި ހުންނަ އަމިއްލަގެ އާއި މުދާ ދޫކޮށް ވަޑައިގަތީ މި ހަފުތާގެ ކުރީކޮޅުގައެވެ.

    މި ހާދިސާއާ ގުޅިގެން އެ ސިޓީގެ މޭޔަރު ޑިޑިއޭ ބްރޭމަންޑަށް ފޮނުއްވެވި ސިޓީއެއްގައި ޖޯޖް ކްލޫނީ ވިދާޅުވީ، މި ބިރުވެރި ދަނޑިވަޅުގައި އެބޭފުޅުންގެ ރީތި ގެދޮރު ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އަދި ކޮންމެ ގޮތެއް ވީނަމަވެސް، އަލިފާނުގެ ހާދިސާއަށްފަހު އެ އަވަށަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް އާރާސްތުކުރުމުގައި އެ ދެމަފިރިކަނބަލުން އެހީތެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޖޯޖް ކްލޫނީ ދެއްވިއެވެ.

    ކްލޫނީގެ އާއިލާ ބްރިގްނޯލްސް އިން ގެއެއް ބައްލަވައިގަނެފައި ވަނީ 2021 ވަނަ އަހަރުގައެވެ. އަދި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ އާއިލާއަށް ވަނީ ފަރަންސޭސިވިލާތުގެ ރައްޔިތުކަން ވެސް ލިބިފައެވެ.

    ބީބީސީއާ ވެސް ހިއްސާކުރައްފައިވާ މި ސިޓީގައި ކްލޫނީ އިތުރަށް ވިދާޅުވީ، "ބްރިގްނޯލްސްއިން ފައިބައިގެންދާއިރު ދެ ކަމަކަށް އެދމެވެ. އެއީ މޭޔަރާއި ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަވަށަށް ކޮންމެ ފަދަ ނަތީޖާއެއް ކުރިމަތިވި ނަމަވެސް، އަޅުގަނޑުމެންނަކީ ތިޔަ މުޖުތަމައުގެ ބައެއް ކަމުގައި ދެކިވަޑައިގެން، އަވަށުގެ ހާލަތު ރަނގަޅު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމެވެ."

    ފަރަންސޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް މަތިންދާބޯޓުތަކުން ފެން ޖަހަމުންދާއިރު، ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ނުރައްކާ ވަނީ ބޮޑުވެފައެވެ. ބްރިގްނޯލްސް ކައިރިން އަލިފާން ފެތުރެން ފެށުމުން، ބުދަ ދުވަހުގެ ރޭގަނޑު ބައެއް އަވަށްތަކުން މީހުން ހުސްކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ. ބުރާސްފަތި ދުވަހު މީހުންނަށް އެނބުރި ގެއަށް ދިއުމުގެ ހުއްދަ ދިން ނަމަވެސް، ގަދަ ވަޔާއި ހޫނުމިނުގެ ސަބަބުން ހާލަތު އަދިވެސް ނުރައްކާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

    އެމެރިކާގެ ލޮސް އެންޖެލިސް ދޫކުރައްވާ ފަރަންސޭސިވިލާތަށް ދިރިއުޅުއްވުން ބަދަލުކުރައްވަން ނިންމެވި ސަބަބާ ބެހޭގޮތުން ކްލޫނީ ވިދާޅުވީ، އެބޭފޫޅުންގެ ދެ ދަރިން ކަމަށްވާ އެލާ އާއި އެލެގްޒެންޑަރަށް އާދައިގެ ދިރިއުޅުމެއް ހޯދައިދެއްވަން ބޭނުންފުޅުވުން ކަމަށެވެ. ފަރަންސޭސިވިލާތުގެ ދަނޑުވެރި ސަރަހައްދެއްގައި ދިރިއުޅުއްވުމުން، ޓެކްނޮލޮޖީއާ ދުރުވެ، މުޖުތަމައުގެ ތެރޭގައި ދަރިންނަށް މާ ރަނގަޅު ދިރިއުޅުމެއް ލިބޭ ކަމަށް ކްލޫނީ ގަބޫލުކުރައްވައެވެ.

    ޔޫރަޕްގެ ގިނަ ގައުމުތަކަކަށް މި ދުވަސްވަރު ދަނީ ހޫނުގަދަވުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ކުރިމަތިވަމުންނެވެ. ފަރަންސޭސިވިލާތުގެ ޖިރޮންޑް ސަރަހައްދުގައި ރޯވި އަލިފާންގަނޑަކީ 1949 ވަނަ އަހަރަށްފަހު އެ ގައުމުގައި ހިނގި އެންމެ ބޮޑު މިފަދަ ހާދިސާއެވެ. މީގެ އިތުރުން ގްރީސް އާއި ސްޕެއިންގައި ވެސް ވަނީ މިފަދަ ހާދިސާތައް ހިނގާފައެވެ. ގްރީސްގެ ކްރީޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ ފަޔަރ ފައިޓަރުން މަރުވެފައިވާއިރު، އެހެން ސަރަހައްދެއްގައި ވެސް މީހަކު ވަނީ މަރުވެފައެވެ.

    ފާހަގަކޮށްލެވޭ ގޮތުގައި، އަމާލް ކްލޫނީ އަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ މަގުސަދެއްގައި ހިންގި ޝަރީއަތެއް ކަމަށް ގިނަ ބަޔަކު ބުނާ މައްސަލައެއްގައި، ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައި ވަގުތު، ބައިނަލްއަގުވާމީ މައިދާނުގައި އެމަނިކުފާނުގެ ދިފާއުގައި އަމާލް ކްލޫނީ ވަނީ ވަކާލާތު ކުރައްވާފައެވެ.

    ]]>
    Fri, 31 Jul 2026 00:00:50 +0500 ނިއުސް ޑެސްކް
    ސަލްމާން ރުޝްދީއަށް ހަމަލާދިން މީހާއަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށްފި https://heerasnews.com/4456 https://heerasnews.com/4456 އިސްލާމްދީނަށް ފުރައްސާކުރި ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް 2022 ވަނަ އަހަރު ވަޅިން ހަމަލާދިން މައްސަލާގައި، އެމެރިކާގެ ފެޑެރަލް ކޯޓުން ހާދީ މަތަރުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ބުދަ ދުވަހު ވަނީ ހުކުމްކޮށްފައެވެ. ރުޝްދީއަކީ އޭނާ ލިޔުނު "ދަ ސަޓަނިކް ވާސަސް" ނަމަކަށް ކިޔާ ފޮތަކާ ގުޅިގެން ދިހަވަރަކަށް އަހަރު ވަންދެން މަރުގެ އިންޒާރުތަކާ ކުރިމަތިލާންޖެހިފައިވާ މީހެކެވެ.

    ޖޫރީން ނިންމާފައިވަނީ ހާދީ މަތަރުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް ސާބިތުވާ ކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށްވެސް ހިމެނެއެވެ.

    އުމުރުން 28 އަހަރުގެ މަތަރު މިހާރުވެސް ގެންދަނީ، ރުޝްދީ މަރާލަން އުޅުމުގެ ކުށުގައި ނިއުޔޯކް ސްޓޭޓް ކޯޓުން އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ނަމަވެސް، މިހާރު ސާބިތުވި ފެޑެރަލް ކުށުގެ ސަބަބުން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.

    މި ހުކުމާ ގުޅިގެން އެމެރިކާގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް ޖޯން އައިޒަންބާގް ވިދާޅުވީ، އަމާންކަމާއެކު ކުރިއަށްދިޔަ ހަފުލާއެއްގައި ރުޝްދީއަށް ދިން ހަމަލާއަކީ އީރާނުގެ ޓެރަރިޒަމް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ މިންވަރު އަންގައިދޭ ބިރުވެރި ހަނދާންކޮށްދިނުމެއް ކަމަށެވެ. އަދި އިންސާފު ގާއިމުކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް ޖޯން އައިޒަންބާގް ވިދާޅުވިޔަސް އީރާނު ސަރުކާރުން ވަނީ މި ހަމަލާގައި އެ ގައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ.

    ލިޔުންތެރިންގެ ރައްކާތެރިކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް ތައްޔާރުވަމުން ދަނިކޮށް ރުޝްދީގެ ހަށިގަނޑުގެ 15 ތަނަކަށް މަތަރު ވަނީ ވަޅިން ހަމަލާދީފައެވެ. މި ހަމަލާގައި ރުޝްދީއަށް ބޮޑެތި އަނިޔާތަކެއް ލިބި، އޭނާގެ ކަނާތު ލޮލުގެ ފެނުން ވަނީ މުޅިން ގެއްލިފައެވެ.

    ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، މަތަރު މި ހަމަލާ ދިނީ 1989 ވަނަ އަހަރު އީރާނުގެ އޭރުގެ ރޫހާނީ މީޑަރު އާޔަތުއްލާ ހުމައިނީ، ރުޝްދީ މަރާލުމަށް ގޮވާލައްވާ ނެރުއްވި ފަތުވާއަކަށް ތަބާވުމުގެ ގޮތުންނެވެ. ނަމަވެސް މަތަރުގެ ވަކީލު ބުނަމުން ދިޔައީ މަތަރުގެ ހިތުގައި އޮތް އެއްޗެއް އެމެރިކާ ސަރުކާރަށް ސާބިތުކޮށް ނުދެވޭނެ ކަމަށެވެ.

    ޝަރީއަތުގައި ހެކިބަސް ދެމުން ރުޝްދީ ބުނީ، ހަމަލާދިން މީހާގެ މަގުސަދަކީ ކޮބައިކަން ބުނަން ނޭނގޭ ކަމަށާއި، ނަމަވެސް އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަމަށެވެ.

    1988 ވަނަ އަހަރު ނެރުނު "ދަ ސަޓަނިކް ވާސަސް" ފޮތަކީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހިމެނޭ ފޮތެއް ކަމަށް ވުމުން، މުޅި އިސްލާމީ ދުނިޔޭގައި ބޮޑެތި އިހުތިޖާޖުތަކެއް ކުރިއަށްދިޔައެވެ. "ދަ ސަޓަނިކް ވާސަސް" އާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 45 މީހުން މަރުވެފައިވާއިރު، ފޮތް ތަރުޖަމާކުރި ބައެއް މީހުންނަށްވެސް އެކިވަރުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.

    މުސްލިމް އާއިލާއަކަށް އުފަންވި ރުޝްދީ، މި ފޮތާ ގުޅިގެން ދިހަ ވަރަކަށް އަހަރު ވަންދެން އުޅުނީ ފިލައިގެންނެވެ. އެ ދުވަސްވަރު އިނގިރޭސި ސަރުކާރުން އޭނާއަށް 24 ގަޑިއިރު ފުލުހުންގެ ރައްކާތެރިކަން ފޯރުކޮށްދިނެވެ.

    ދައުލަތުގެ ވަކީލުން ކޯޓުގައި ދެއްކި ހެކިތަކުން އެނގޭ ގޮތުގައި، މަތަރު ވަނީ 2021 އަދި 2022 ވަނަ އަހަރު މެސެޖިންގ އެޕްތައް މެދުވެރިކޮށް ރުޝްދީ މަރާލުމާ ގުޅޭ ގޮތުން އެކި މީހުންނާ ވާހަކަ ދައްކާފައެވެ. މަތަރު ދެކޭގޮތުގައި ރުޝްދީއަކީ އިސްލާމްދީނަށް ހަމަލާދިން މީހެއް ކަމަށާއި، އޭނާ ދިރިހުރުމަކީ އެހެން މީހުންނަށް ވެސް ދީނަށް ފުރައްސާރަކުރުމަށް ލިބޭ ހިތްވަރެއް ކަމަށް މަތަރު ބުނެފައިވެއެވެ.

    އެމެރިކާއަށް އުފަން މަތަރުގެ ކޮމްޕިއުޓަރާއި ކޮޓަރިން ފެނުނު ތަކެތިން، އޭނާ ހިޒްބުއްލާ ޖަމާއަތަށް ތާއީދުކުރާކަން ހާމަވާ ކަމަށްވެސް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެ. އަދި އޭނާ މި ހަމަލާ ރޭވީ ޖިހާދެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް ޝަރީއަތުގައި ވަނީ ހާމަކޮށްފައެވެ.       

    ]]>
    Thu, 30 Jul 2026 15:49:36 +0500 ނިއުސް ޑެސްކް
    ފިރިމީހާ ނަހަމަގުޅުން ބާއްވާތީ ކޮއްކޮ މަރާލައިފި https://heerasnews.com/4453 https://heerasnews.com/4453 ފިރިމީހާއާ އޮތް ނުބައި ގުޅުމެއްގެ ތުހުމަތުގައި، އަންހެނަކު ކޮއްކޮއަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ. މި ހާދިސާ ހިންގާފައިވަނީ އިންޑިއާގެ މީރުތުގައެވެ.

    މީރުތު ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ގޭގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ނިދާ ނަމަކަށް ކިޔާ އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި، ގާތިލަކީ ކާކުކަން ދެނެގަތުމަށް ފުލުހުން ކުރި މަސައްކަތުން އެނގުނު ގޮތުގައި، މިއީ އާއިލާގެ އެތެރޭގައި އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރެއިން ހިންގާފައިވާ އަމަލެކެވެ.

    ނިދާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުވައިސްގެ އަނބިމީހާ ރިމްޝާއެވެ. މި ހާދިސާގެ އަސްލަކީ، ރިމްޝާގެ ފިރިމީހާ އުވައިސް އާއި ނިދާއާ ދެމެދު އޮތް ކަމަށް ތުހުމަތުކުރެވޭ ގާތް ގުޅުމެކެވެ. ފުލުހުން ބުނާ ގޮތުގައި، އުވައިސް އާއި ނިދާގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން ރިމްޝާ އާއި ނިދާއާ ދެމެދު ގިނަ ދުވަސްތަކެއް ވަންދެން މައްސަލަ ޖެހި، އެއްގޭގެ ތެރޭގައި ދެމީހުންގެ މެދުގައި ދިޔައީ ތަކުރާރުކޮށް ޒުވާބު ހިނގަމުންނެވެ.

    ހާދިސާ ހިނގި ދުވަހު، މެންދުރުގެ ވަގުތެއްގައި ރިމްޝާ އޭނާގެ މައިންބަފައިންގެ ގެއަށް ދިޔައެވެ. އެތަނުގައި ނިދާ އާއި ރިމްޝާއާ ދެމެދު އަނެއްކާވެސް ހޫނު ޒުވާބެއް ހިނގައި، އެންމެ ފަހުން ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ. ފުލުހުން ބުނި ގޮތުގައި، ރިމްޝާ ބަދިގެއިން ތަރުކާރީ ކޮށާ ވަޅިއެއް ނަގައި ނިދާގެ މޭގެ ތެރެއަށް ހަރާލީއެވެ. މި ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިދާ ވަނީ މަރުވެފައެވެ.

    މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން މީރުތު ފުލުހުންގެ އޮފިސަރު ސަންގްރާމް ސިންގް ވިދާޅުވީ، ފޯނު ރެކޯޑްތަކާއި އެކި ހެކިތަކަށް ބެލުމުން މި މަރުގެ ތުހުމަތު އިނގިލި ދިމާވީ ރިމްޝާއާ ދިމާލަށް ކަމަށެވެ. އަދި ނިދާ އާއި އުވައިސްގެ މެދުގައި އޮތް ގާތް ގުޅުމަކީ މި ދެ އަންހެނުންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވި މައިގަނޑު ސަބަބުކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

    ފުލުހުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ސުވާލުކުރުމުގެ ތެރޭގައި ރިމްޝާ ވަނީ އޭނާ ކުރި ކުށަށް އިއުތިރާފުވެފައެވެ. އަދި އޭނާ މަރަށް ބޭނުންކުރި ވަޅި ވެސް ފުލުހުން ވަނީ ހޯދާފައެވެ. މިހާރު ރިމްޝާ ވަނީ ކޯޓަށް ވެސް ހާޒިރުކޮށްފައެވެ.

    މި ހާދިސާގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

    ]]>
    Wed, 29 Jul 2026 14:44:43 +0500 ނިއުސް ޑެސްކް
    ސަރުކާރާ ދެކޮޅު މޭޔަރަކު ހައްޔަރުކޮށްފި https://heerasnews.com/4452 https://heerasnews.com/4452 ތުރުކީގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ އިސްތަންބޫލްގެ ޑިސްޓްރިކްޓެއްގެ މޭޔަރާއި އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. އިސްތަންބޫލްގެ ޑިސްޓްރިކްޓް މޭޔަރާއި އިތުރު ފަސް މީހަކު މިއަދު ހައްޔަރުކުރީ އިމާރާތްކުރުމުގެ ހުއްދަ ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށެވެ.

    މިއީ ތުރުކީގެ ރައީސް ތައްޔިބު އުރުދުގާނާ އިދިކޮޅު މައި ޕާޓީން ހިންގާ މުނިސިޕަލްޓީތަކާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން އެޅި އާ ފިޔަވަޅެކެވެ.

    އެން.ޓީ.ވީ ބްރޯޑްކާސްޓަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުސްކުދާރު މުނިސިޕަލްޓީގެ މޭޔަރު ސިނެމް ދެދެތާޝްގެ އިތުރުން، އެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި، ސެކްރެޓަރީއަކާއި، އާކިޓެކްޓަކާއި، ބިޒްނަސް އެޖެންޓަކާއި ކޮންޓްރެކްޓަރެކެވެ.

    ފުލުހުން ވަނީ އިސްތަންބޫލްގެ 11 ތަނެއް އެއްވަގުތެއްގައި ރެއިޑްކޮށް، ތުހުމަތުކުރެވޭ މީހުންގެ އަތުން ޑިޖިޓަލް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ތުހުމަތު ކުރެވޭ ގޮތުގައި، އެ މުނިސިޕަލްޓީން އިމާރާތްކުރުމުގެ ހުއްދަ ދޫކުރަނީ ކޮންޓްރެކްޓަރުން ވަކި ކޮންސަލްޓެންސީ އެއްބަސްވުންތަކެއްގައި ސޮއިކުރަން މަޖުބޫރުވާ ފަދަ ނިޒާމެއްގެ ތެރެއިން ކަމަށް ތުހުމަތުކޮށްފައެވެ.

    2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ކުރަމުންދާ މިފަދަ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ދޮގުކުރެއެވެ. އަދި މި ތަހުގީގުތަކަކީ ސިޔާސީ މަގުސަދެއްގައި ހިންގާ ކަންތައްތަކެއް ކަމަށް އިދިކޮޅުން ބުނާއިރު، ސަރުކާރުން ބުނަނީ ޝަރުއީ ދާއިރާއަކީ މިނިވަން މުއައްސަސާއެއް ކަމަށެވެ.

                        

    ]]>
    Wed, 29 Jul 2026 11:36:45 +0500 ނިއުސް ޑެސްކް
    މުޒާހަރާއަށް ބަޑިޖެހި ފުލުސްމީހާ ސަސްޕެންޑްކޮށްފި https://heerasnews.com/4443 https://heerasnews.com/4443 އިންޑިއާގެ ބިހާރު ސްޓޭޓުގައި މުޒާހަރާކުރަމުންދިޔަ ދަރިވަރުންތަކަކާ ދިމާލަށް އޭކޭ-47 ބަޑިން ހަމަލާދިން ފުލުހަކު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޒުވާނުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާ ތެރެއިންނެވެ.

    މައްސަލަ މިހާރު ވަނީ އިންޑިއާގެ ޕާލަމަންޓަށްވެސް ހުށަހެޅިފައެވެ. އަދި އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ފުރުސަތު އެގައުމުގައި ހަނިވަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

    ބިހާރު ސްޓޭޓުގައި ދަރިވަރުން ކުރި މުޒާހަރާ ރޫޅާލުމަށްޓަކައި، ފުލުހަކު ވަނީ އޭސޯލްޓް ރައިފަލެއް ބޭނުންކޮށްގެން ވައިގެ ތެރެއަށް ބަޑިޖަހާފައެވެ. އިންޑިއާގެ ތައުލީމީ ވަޒީރު އިސްތިއުފާ ދެއްވަން މަޖުބޫރުވި މި މުޒާހަރާތަކުގައި ފުލުހުން ދިޔައީ ދަރިވަރުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަމުންނެވެ. މީގެ ތެރޭގައި ދަރިވަރުންގެ ގައިގައި މުގުރާއި ދަނޑިން ތެޅުމާއި، ކަރުނަގޭސް ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

    ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިހާރުގެ ސިވާން ސިޓީގައި ހިނގި މި ހާދިސާގައި ފުލުހަކު ވަނީ ދަރިވަރުންނާ ދިމާލަށް އޭކޭ-47 ބަޑި ދިއްކޮށް، މަދުވެގެން ތިން ފަހަރު ވައިގެ ތެރެއަށް ބަޑިޖަހާފައެވެ. ބިހާރު ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ނީލޭޝް ކުމާރު ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް، ދަރިވަރުންނާ ދެކޮޅަށް މިފަދަ ހަތިޔާރެއް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ އޮފިސަރު ސަސްޕެންޑްކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

    ކޮކްރޯޗް މުޒާހަރާތައް ފެށުނީ މިދިޔަ މެއި މަހު ބޭއްވި މެޑިކަލް ކޮލެޖްތަކަށް ވަނުމަށްދޭ ގައުމީ އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ޒުވާނުންގެ މެދުގައި އޮތް ވަޒީފާ ނެތުމުގެ ބިރާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރުވެސް މި މުޒާހަރާތަކުގެ ފަހަތުގައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މުޒާހަރާތައް ވަރުގަދަވުމުގެ ސަބަބުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ތައުލީމީ ވަޒީރު ވަނީ މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވާފައެވެ.

    އިދިކޮޅު ލީޑަރު މަލިކާރުޖުން ހަރްގޭ ޕާލަމަންޓުގައި ވިދާޅުވީ، މިއީ އިންޑިއާގެ ދިމިގްރާތީ ތާރީހުގައި ފެނިގެންދިޔަ އެންމެ ހިތާމަވެރި އެއް ހާދިސާ ކަމަށާއި، ހައްގުތަކަށް އަޑުއުފުލާ ދަރިވަރުންނާ މެދު ކުށްވެރިންނާ މެދު އަމަލުކުރާ ފަދައިން އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

    ފުލުހުންގެ އަމަލުތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އުއްޖަލް ބުޔާން ވިދާޅުވީ، އިންޑިއާގައި ތަފާތު ހިޔާލުތައް ފާޅުކުރުމަށް އޮތް ޖާގަ ހަނިވަމުންދާ ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު މުޒާހަރާކުރުމާއި ހިޔާލުފާޅުކުރުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

    ]]>
    Mon, 27 Jul 2026 18:35:35 +0500 ނިއުސް ޑެސްކް
    މިނިވަންކަމާއި އަސްކަރީބާރު | މުސްކުޅިއެއްގެ ނަޒަރުން https://heerasnews.com/4437 https://heerasnews.com/4437 ހިޔާލަކީ ތަފާތު އެއްޗެކެވެ. މީހުނަށް ކަންކަން ފަހުމް ވާނީ އެކިގޮތަށެވެ. އިވޭ ކޮންމެ ވާހަކައަކީ އެއްފަހަރުން އަޑުއަހާ ގަބޫލުކުރަންޖެހޭ ވާހަކައެއް ނޫނެވެ. ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކިތަންމެ ވާހަކައެއް ވެސް އަޑުއިވޭނެއެވެ. އެއްގޮތަކަށް ބަލައި ނުގަނެވޭ ވަރުގެ ވާހަކަވެސް އިވޭނެއެވެ. ބުއްދި އިންސާނުނަށް ދެއްވީ އެހެން ވެގެންތާއެވެ. 

    ރަށެއްގެ ހޮޅުއައްޓަކަށް އަރާލިތަނުން އިވުނީ ނާހާ ދޫކޮށްލެވޭ ކަހަލަ ވާހަކައެއް ނޫނެވެ. އެތާ އިން ދުވަސްވީ ގައިބާރުދެރަ މުސްކުޅިއާ ދައްކަމުން ދިޔަ ވާހަކަ ޝައުގުވެރިކަމާއެކު އަޑުއަހާލަން މަޖުބޫރުވިއެވެ. ދޫ ފަރިތަކަމާއެކު އެ ބޭބެއަކު ދެއްކީ އެހެންނާ ދިވެހިންގެ ތެރެއިން އާއްމުކޮށް އިވޭ ޒާތުގެ ވާހަކައެއް ނޫނެވެ. 

    ލަފާކުރެވޭ ގޮތުގައި އެބޭބެގެ އުމުރު ހަތްދިހައަށް ވުރެ މަތިވާނެއެވެ. މުހިންމީ އޭނަގެ އުމުރެއް ނޫނެވެ. އޭނާ އެ ދެއްކި ވާހަކަތަކެވެ. ދަންބެރަށްވުރެ ތަގުޑި ދިގުނުކޮށް އެވާހަކައަށް ދަމާހެއްޔެވެ. 

    ބޭބެގެ ވާހަކައިގައި ޖޯޝު ހުއްޓެވެ. ގައުމާ ދީނަށްޓަކައި އައްޑަނައަކަށް މޭ ދިއްކޮށްގެން ގުރުބާންވާން ބަޔަކު ތިބޭ ވާހަކަ ތިމަން އަހަމެވެ. ކޮންމެ ގައުމީ ދުވަހަކާއި މިނިވަން ދުވަހަކު ކުޅިޖަހާ ކުޅިހަމަ ކުރަން އެމީހުން އުޅޭތަން ދެކެމެ. އެގޮތަށް ކުޅިޖަހާ ކުޅިހަމަ ކުރުން ނޫން ކަމެއް ބަޔަކަށް ފެންނަގޮތަށް ކުރާތީ ނުފެނުނަސް، ކުރި ހަނގުރާމައެއް ނެތަސް ކޮންމެ މީހެއްގެ މޭމަތި އޮންނަނީ ކުލައާއި މެޑެލިން ފުރި ބާރުވެފައެވެ. ސީނުކަރަޔާއި އުތުރު ކަރަޔާއި އެމެރިކާގެ ޖެނެރަލެއްގެ މޭމައްޗަށްވުރެ އަހަރެމެންގެ މޭމަތި މާތަނަވަހެވެ. މިހެން ބުންޏަސް އެ ވަރެއްވާނީ ހައްގުވާވަރު ކޮންމެވެސް ކަންތައް ތަކެއް ކޮށްގެން ކަމަށް މަ ވެސް ގަބޫލު ކުރަމެވެ. ކޮއްކޮމެން އެވަރަށް އެކަމާ ނުވިސްނާށެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެއެވެ. 

    ބޭބެގެ ވާހަކައަށް ހުއްޓުމެއް ނާދެއެވެ. ދެންނިކަން ވިސްނާލަބަލާށެވެ. ކޯސްޓް ގާޑެއް ހަދައިގެން އެންމެ ޒަމާނީ ހަތިޔާރު އަރުވައިގެން ކަނޑުމަތީގައި ބާރުބާރަށް ފޮނުއަރުވާތާ ކިހާ ޒަމާނެއް ވެއްޖެހެއްޔެވެ. ކުޑަވެގެން މަހަށް ނިކުމެއުޅޭ މަސްވެރިން ހޯދާ މަސްބޯޓުގަޑެއް ނޫނީ ވިއްޔާ އެ މީހުންނަށް އަތުވެފައި އޮތިއްޔެއް ނޫނެވެ. މަސްބޯޓު އަތުލަން މަސްވެރިން ވަރުގެ ބަޔަކު މަދުވާނެއެވެ.

    ހެސްކިޔާފައި ތެޔޮ އަންދާ ބާރަށް ދުވާ އުޅަދުތައް ވިއްކާލާފައި ބޮޑެތި މަސްދޯނި ފަހަރު ބަނދެފައި ހަތިޔާރު އަރުވާފައި އެމީހުން މަހަށް ފުރުވިއްޔާ މާ ރަނގަޅުވާނެހެން ބޭބެއަށް ހީވެއެވެ. އޭރުން ގައިމު މަސް ބާނައިގެން ވިއްކަން އޮންނާނެތާއެވެ. ހަރަދުކުރަން ކޮންމެވެސް އިތުރު އެއްޗެއް ލިބޭނެތާއެވެ. އޭރުންވެސް މަސްބޯޓެއް ފެނިއްޖެއްޔާ ފަހާލެވޭނެއެވެ. އެއްދޮނާ ދެބުޅި ޖަހާލެވޭނެއެވެ. 

    ދެން އަނެއްކާ އަނެއް ވާހަކައެވެ. އަތުން ހަރަދެއް ނުކޮށް ބަޔަކު މީހުން ސަރަހައްދު ބަލަހައްޓަދީދީ އޮއްވާ ޑްރޯން ގަނެގެން ގެނެސްގެން އެހެން ނޫނީ ނުހިގާ ބޮޑު ހަރަދުތަކެއް ހިނގުން ނޫން ކަމެއް ވާނެހެއްޔެވެ. އެހެނެކޭ ކިޔާފައި އައުޓު ކުރަން އުޅުނު ބަޔަކު އައުޓެއް ކުރެވުނީއެއް ނޫނެވެ. ކުރިންވެސް އެ އޮތްގޮތައް ބާއްވައިގެން އެ މީހުން ލައްވާ އެކަމާ އުޅުވުނު ނަމަ ގައިމު އެހިނގާ ބޮޑު ހަރަދު ނުހިނގާ ފަރުޖެއްސުނީސް ނޫން ހެއްޔެވެ. މި ޒަމާނަކީ އެއްބަސްވުމުގެ ޒަމާން ވިއްޔާއެވެ.

    އަނެއްކާ އަނެއް ކަމެއް ދެކެބަލާށެވެ. ތިމާއާއި އަނބިދަރިންނާއި މައިންބަފައިންނަށް ބޭސްފަރުވާއަށް ދަންދެން ކޮށްދޭއިރު އަމިއްލަ މުދަލުން ވައްކަން ކުރަން މެޑެލިޖަހައިގެން އުޅޭ މީހުން އުޅޭކަމަށް ކިޔާތީ އަހަމެވެ. ބޯހިޔާވަހިކަމަށް އަޅާދިން ފްލެޓް ބަރިތައް ނިންމަންވެސް ބާރަ ތޭރައަހަރު ނެގީ ކޮންމެސް ކޮލަކުން ކޮންމެސް ބަޔަކު ލާރިގަނޑެއް ހަފާލައިގެން ކަމަށް އެ މީހުންގެ ތެރެއިން ބަޔަކު ނިކުމެ ކިޔާތަންވެސް ދުށީމެވެ. ވައްކަމެއް ނުކޮށް އުޅެވޭ ވަރަށް ބައެއް މީހުނަށް އެއްޗެއް ހަމަ ނުލިބެނީ ބާވައެވެ. އަންތަރީސް ވާވަރުވެއެވެ.

    ބޭބެގެ ވާހަކަ ނިންމާލުމުގެ ކުރީން އެހެން ވާހަކައެއް ވެސް ބުންޏެވެ. ގައުމުގެ އާމްދަނީން އެންމެ ބޮޑު ހަރަދެއް އެތައްހާސް ބަޔަކަށް ބޮޑުމުސާރައާއި އިނާޔަތާއި އުޅަނދާއި ހަތިޔާރަށް ކުރުމުގެ ބަދަލުގައި އެހެން ގޮތެއް ހަމަ ނެތީ ހެއްޔެވެ. އަސްކަރިއްޔާއެއް ނެތް މިނިވަން މިފާޑުގެ ކިތަންމެ ގައުމެއް ދުނިޔޭގައި އޮންނަ ވާހަކަ އަހަމެވެ. އެހެން ނޫނަސް ޖުލައި ސައްބީހުގައި ފާހަގަކުރާ މިނިވަންކަން ލިބުނިއްޔަކީވެސް ކަނޑި ބަޑިން ހަނގުރާމައެއްކޮށް ފަތަހައެއް ހޯދައިގެނެއް ނޫން ވިއްޔާއެވެ. މިނިވަންކަން ދެމިއޮންނަނީވެސް ހަނގުރާމަ އަކުންނޫނެވެ. ސުލްހައާއި އެކުވެރިކަމާއި ގާތް ގުޅުމުންނެވެ. 

    އާނއެކެވެ. މުސްކުޅި އެ ބޭބެވެސް އެ ފާޅުކުރީ ހިޔާލެކެވެ. އަޑު އިވިއްޖެއެވެ. ގަބޫލުކުރުމާ ނުކުރުމަކީ އެހެން ކަމެކެވެ. އެ ބޭބެ ބުނާހެން ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ.

    ]]>
    Sun, 26 Jul 2026 13:20:41 +0500 ނިއުސް ޑެސްކް
    ޑީފޯވްޑީ މަރާލި ކުޑަކުއްޖާ ބަލިވެ އިނދެ ދަރިވައްޓާލި https://heerasnews.com/4435 https://heerasnews.com/4435 ސަމާލުކަމަށް: ލިޔުމުގައި ހިމެނޭ ބައެއް ތަފުސީލުތަކަކީ ކިޔުންތެރިންނަށް ނުތަނަވަސްކަން އިހުސާސްކުރެވިދާނެ ފަދަ ވާހަކަތަކެކެވެ.

    ލަވަކިޔުންތެރިޔާ "ޑީފޯވްޑީ" އަށް ތުހުމަތުކުރެވޭ، އުމުރުން 14 އަހަރުގެ ސެލެސްޓޭ ރިވާސް ހެނާންޑޭޒް މަރާލި މައްސަލައިގައި، އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވިފައިވާ މެސެޖުތަކުން އެ އަންހެން ކުއްޖާ މަރުވުމުގެ ކުރިން ބަލިވެއިނދެ، ދަރިވައްޓާލާފައިވާކަން ހާމަވެއްޖެއެވެ.

    ޑޭވިޑް އެންތަނީ ބާކް (ޑީފޯވްޑީގެ އަސްލު ނަން) ގެ މައްޗަށް މިދިޔަ އަހަރު ހިނގި އެ ކުއްޖާގެ މަރުގެ މައްސަލައިގައި ޝަރީއަތް ކުރިއަށް ގެންދާނެތޯ ނިންމުމަށް ބޭއްވި އަޑުއެހުމެއްގައި މި މެސެޖުތައް ވަނީ ހުށަހަޅާފައެވެ.

    ދައުވާކުރާ ފަރާތުން ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރުގެ ޖޫން މަހު ސެލެސްޓޭ ވަނީ ބާކްއަށް މެސެޖެއް ފޮނުވާފައެވެ. އެ މެސެޖުގައި އޭނާ ސުވާލުކޮށްފައިވަނީ، ފުރަތަމަ ފަހަރު ދަރިވައްޓާލުމަށް ކުރި މަސައްކަތް ކާމިޔާބު ނުވިނަމަ ދެން ވާނީ ކިހިނެއްތޯއެވެ. އެ ދުވަސްވަރު ސެލެސްޓޭގެ އުމުރަކީ 13 އަހަރެވެ. ބާކްގެ އުމުރަކީ 19 އަހަރެވެ.

    ދައުލަތުގެ ވަކީލުން ބުނާ ގޮތުގައި، ބާކް އެ ކުއްޖާ މަރާލީ، އޭނާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން ހާމަކޮށް، އޭނާގެ މިއުޒިކީ ކެރިއަރު ހަލާކުކޮށްލާނެ ކަމަށް ބުނެ ސެލެސްޓޭ އިންޒާރު ދިނުމާ ގުޅިގެންނެވެ. ނަމަވެސް ބާކް ވަނީ މަރުގެ ދައުވާ އާއި ޖިންސީ ގޯނާގެ ދައުވާއަށް އިންކާރުކޮށްފައެވެ.

    މިދިޔަ ހުކުރު ދުވަހު ލޮސް އެންޖެލިސްގެ ކޯޓުގައި ދެއްކި މެސެޖުތަކުގެ ތެރޭގައި، 2024 ޖެނުއަރީގައި ބާކް އެ ކުއްޖާއަށް މައާފަށް އެދި ފޮނުވި މެސެޖެއް ހިމެނެއެވެ. އެއަށް ޖަވާބު ދެމުން ސެލެސްޓޭ ބުނެފައިވަނީ، ދަރިއަކު ބެލުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި ނެތް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ދަރިވައްޓާލުން ކަމަށެވެ.

    ކޯޓަށް ހުށަހެޅި އައިކްލައުޑް ގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ދެމީހުންގެ މެދުގައި މުއާމަލާތްތައް ފެށިފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެއީ ސެލެސްޓޭގެ އުމުރުން އެންމެ 11 އަހަރުގައެވެ. އަދި ބާކްގެ ފޯނުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ފުލުހުންނަށް ވަނީ ފެނިފައެވެ.

    މި މައްސަލައިގެ ހެކިބަސް ދެމުން ޑޮކްޓަރުން ބުނެފައިވަނީ، ސެލެސްޓޭގެ ހަށިގަނޑު ފެނުނުއިރު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުގެ ސަބަބުން، އޭނާ މަރުވި ސީދާ ވަގުތު ދެނެގަތުމަކީ އިންތިހާއަށް އުނދަގޫ ކަމެއް ކަމަށެވެ.

    ޓިކްޓޮކް މެދުވެރިކޮށް ދުނިޔެއަށް މަޝްހޫރުވި ބާކް ހައްޔަރުކުރީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމާއި، ކުޑަކުއްޖަކަށް މެދުނުކެނޑި ޖިންސީ ގޯނާކުރުމާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުން ހިމެނެއެވެ.

    ފުލުހުން ބުނާ ގޮތުގައި ސެލެސްޓޭގެ ހަށިގަނޑު ފެނުނީ ބާކްގެ "ޓެސްލާ" ކާރުގެ ކުރީގެ ބޮނެޓް ތެރެއިންނެވެ. އޭރު އޭނާގެ ހަށިގަނޑު އޮތީ ބުރިބުރިކޮށް، ކޮތަޅުތަކަކަށް އަޅާފައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި ބާކް ވަނީ މީހަކު މަރާލުމަށްފަހު ބޭނުންކުރާނެ ސާމާނު ކަމަށްވާ ހަށިގަނޑު އަޅާ ކޮތަޅާއި، ކަރަންޓު ކީހާއި، ބިން ކޮންނަ އުދެލި ފަދަ ތަކެތި އޮންލައިންކޮށް ގަނެފައެވެ.

    ކޯޓުގައި މި މައްސަލައިގެ ބިރުވެރި ފޮޓޯތަކާއި ތަފުސީލުތައް ހާމަކުރަމުން ދިޔައިރު، ސެލެސްޓޭގެ މައިންބަފައިން ތިބީ ވަރަށް ބޮޑަށް ދެރަވެފައެވެ. އެމީހުންގެ ވަކީލު ބުނި ގޮތުގައި، މިއީ އެއްވެސް މައިންބަފައިންނަކަށް ތަހައްމަލު ކުރެވޭނެ ފަދަ ކަމެއް ނޫނެވެ.

    މި މައްސަލައިގެ އިތުރު އަޑުއެހުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެއެވެ. ދައުލަތުން މަސައްކަތް ކުރަމުންދަނީ މި މައްސަލައަކީ ޖޫރީއަކާ ހަމައަށް ގެންދެވޭނެ ފަދަ އެކަށީގެންވާ ހެކި ހުރި މައްސަލައެއްކަން ސާބިތުކޮށްދިނުމަށެވެ.

    ]]>
    Sat, 25 Jul 2026 17:39:19 +0500 ނިއުސް ޑެސްކް
    ޕްރެޝަރަށް ކެތްނުވެގެން ވަޒީރު އިސްތިއުފާދީފި https://heerasnews.com/4434 https://heerasnews.com/4434 އިންޑިއާގެ ތައުލީމީ ވުޒާރާއާ ބެހޭ ވަޒީރު ދަރުމެންދުރާ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އިމްތިހާންތަކުގެ ކަރުދާސްތައް ލީކުވުމާއި، އިމްތިހާން ހެދުމުގައި ހިނގި ބޮޑެތި އޮޅުވާލުންތަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުރި މުޒާހަރާތަކަށް ފަހުގައެވެ.

    މުޒާހަރާތައް އިސްވެ ހިންގާފައިވަނީ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) އިންނެވެ. މިއީ ސިޔާސީ ގޮތުން ރަޖިސްޓްރީވެފައިވާ ޕާޓީއެއް ނޫން ނަމަވެސް، މަލާމާތުގެ ގޮތުގައި ފެށި ހަރަކާތް ފަހުން ވަނީ މުޅި ގައުމަށް ފެތުރިގެން ދިޔަ ވަރުގަދަ ހަރަކާތަކަށް ބަދަލުވެފައެވެ.

    މިއީ ފަހުގެ ތާރީހެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް ކުރި އެންމެ ބޮޑު އެއް މުޒާހަރާއެވެ. މި ހަރަކާތުގައި ހާސްހާހުން މީހުން ދިއްލީގައި ކޭމްޕް ޖަހައިގެން ތިބިއިރު، މުޅި އިންޑިއަށް މި އިހުތިޖާޖުތައް ވަނީ ފުޅާވެފައެވެ.

    ކުރަފި ހަރަކާތަށް އިތުރު ބާރެއް ލިބިގެންދިޔައީ، އިޖުތިމާޢީ ހަރަކާތްތެރިޔާ ސޯނަމް ވަންގްޗުކް ބާރުގެ ބޭނުންކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ހާދިސާއަށް ފަހުގައެވެ. އޭނާ ކުރަމުންދިޔަ 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު މިދިޔަ ހުކުރު ދުވަހު ވަނީ ނިންމާލާފައެވެ. އަނެއްކޮޅުން ކޮކްރޯޗް ހަރަކާތުގައި ގާނޫނު ހަދާ މަޖިލީހާ ދިމާލަށް ހިނގާލުމުން ދިޔަ މީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުން، އާންމުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ނުރުހުން އުފެދިފައެވެ.

    "ކޮކްރޯޗް" ނުވަތަ ކުރަފީގެ ނަން މި ހަރަކާތަށް ދީފައިވަނީ، މަތީ ފަންތީގެ ފަނޑިޔާރަކު ވަޒީފާނެތް ޒުވާނުންނަށް ނިސްބަތްކޮށް އެ ލަފުޒު ބޭނުންކުރުމުންނެވެ. މުޒާހަރާގެ ބައިވެރިން އެ ލަފުޒު ބޭނުންކުރަން ފެށީ ސަރުކާރުގެ ފިއްތުންތަކާ ދެކޮޅަށް އެމީހުންގެ އޮތް ސާބިތުކަމާއި ނުގުޑާ އަޒުމް ދެއްކުމުގެ ރަމްޒެއްގެ ގޮތުގައެވެ.

    އިންޑިއާގެ އިދިކޮޅު ލީޑަރުން ވަނީ ވަޒީރު ޕްރަދާންގެ އިސްތިއުފާއަށް މަރުޙަބާ ކިޔާފައެވެ. އަދި މިއީ ޒުވާނުން އިސްވެ ތިބެ ކުރި މުޒާހަރާތަކަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

    ކޮންގްރެސް ޕާޓީގެ ރައީސް މައްލިކާރުޖުން ހަރްގޭ ވިދާޅުވީ، މިއީ މުޅި ގައުމުގެ ތަޢުލީމީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި މަގުމައްޗަށް ނުކުތް އެތައް މިލިއަން ޒުވާނުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ތަޖުރިބާކާރު ސިޔާސީ ޝަޚުސިއްޔަތެއް ކަމަށްވާ ޝަރަދު ޕަވާރު ވިދާޅުވި ގޮތުގައި، މިއީ ޒުވާނުންގެ އެކުވެރި ބާރުން ހޯދި ބޮޑު ކާމިޔާބީއެކެވެ. އޭނާ "އެކްސް" ގައި ލިޔުއްވާފައިވަނީ، ބިރުދެއްކުމާއި ބޭއިންސާފުގެ ކުރިމަތީގައި ޒުވާނުން ސާބިތުކަމާއެކު ތިބެ، ސަރުކާރުގެ އަހުލާގީ ޒިންމާ އުފުލަން މަޖުބޫރުކުރުވުމަކީ ޑިމޮކްރަސީގެ ބާރު ފެނިގެންދިޔަ ކަމެއް ކަމަށެވެ. 

    ސަމާޖުވާދީ ޕާޓީގެ ލީޑަރު އަހިލޭޝް ޔާދަވް ވިދާޅުވީ މިއީ ޒުވާނުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ހަމަ އެހެން މިއީ ކުރިމަގުގައި އިމްތިހާންގެ ނިޒާމު ހަރުދަނާކޮށް، ކަރުދާސް ލީކުވުން ހުއްޓުވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ލިބުނު ފިލާވަޅެއް ކަމަށެވެ. އާމް އާދްމީ ޕާޓީގެ ލީޑަރު އަރްވިންދު ކެޖްރިވާލް ވެސް ވަނީ މިއީ ޑިމޮކްރަސީއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

    އިޖުތިމާއީ ހަރަކާތްތެރިޔާ ސޯނަމް ވަންގްޗުކް، ސީ.ޖޭ.ޕީ އަށް ތާއީދުކޮށް 26 ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރުމަށްފަހު، ވަޒީރުގެ އިސްތިއުފާއަށް މަރުޙަބާ ކިޔަމުން ބުނީ މިއީ "ޑިމޮކްރަސީގެ ކާމިޔާބީއެއް" ކަމަށެވެ. އޭނާ ވަނީ ޒުވާނުންނާއި މުޅި ގައުމުގެ ރައްޔިތުން ބިރުފަހަނައަޅައި ތެދުވީތީ މަރުޙަބާ ކިޔާފައެވެ. ހަޅުތާލު ނިންމާލުމަށްފަހު އޭނާ ބުނީ، މިހާރު މިއީ ޒިންމާދާރުކުރުވުމަށްފަހު އިސްލާހީ ބަދަލުތައް ގެންނަންވީ ވަގުތު ކަމަށެވެ. 

    ]]>
    Sat, 25 Jul 2026 16:24:05 +0500 ނިއުސް ޑެސްކް
    34 ތުއްތު ކުދިން ވަގަށްނަގާ ވިއްކާލައިފި https://heerasnews.com/4433 https://heerasnews.com/4433 އިންޑޮނޭޝިއާގެ ތުއްތު ކުދިންތަކެއް ސިންގަޕޫރަށް ވަގަށް ވިއްކާލި މައްސަލައެއްގައި، އެ ކުދިންނަށް ދެން ވާނީ ކިހިނެއްތޯ ސުވާލު އުފެދިއްޖެއެވެ.

    މިދިޔަ އަންގާރަ ދުވަހު އިންޑޮނޭޝިއާގެ ކޯޓަކުން ވަނީ ތުއްތު ކުދިން ވަގަށް ނަގައި ވިއްކާލި މައްސަލައެއްގައި 19 މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފައެވެ. މިއީ ވަރަށް ބޮޑަށް ސަމާލުކަން ހުއްޓުނު މައްސަލައެއް ނަމަވެސް، މި މައްސަލައިގައި އެންމެ މުހިންމު ސުވާލަށް އަދިވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

    މި ޖަރީމާ ހިންގި ގްރޫޕުން މަދުވެގެން 34 ކުދިން ހޯދައި، އެކުދިން އެޑޮޕްޓްކުރުމަށްޓަކައި ވިއްކާލާފައިވާކަން ވަނީ ސާބިތުވެފައެވެ. މީގެ ތެރެއިން ގިނަ ކުދިން ފޮނުވާލާފައިވަނީ ސިންގަޕޫރަށެވެ. އޭގެތެރެއިން މަދުވެގެން 12 ކުއްޖަކު މިހާރުވެސް ތިބީ ސިންގަޕޫރުގައެވެ.

    މި މައްސަލައިގެ ހުކުމާއެކު، ސިންގަޕޫރުގައި ތިބި ކުދިންނަށް ވާނީ ކިހިނެއްތޯ ކުރެވޭ ސުވާލު ވަނީ އިތުރަށް ގަދަވެފައެވެ. އެ ކުދިން އަނބުރާ އިންޑޮނޭޝިއާއަށް ފޮނުވާލަންވީ ހެއްޔެވެ؟ އަދި އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

    މިއީ ސިންގަޕޫރުގައި އެ ކުދިން ބަލަހައްޓަމުންދާ ފަރާތްތަކުގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުމެވެ. މަސްތަކެއް ވަންދެން އެމީހުން ތިބީ އެކުދިން އެމީހުންގެ ގާތުގައި ބޭތިއްބޭނެކަން ނުވަތަ ނޫންކަން ނޭނގި ބިރުވެރިކަމެއްގެ ތެރޭގައެވެ.

    ހުކުމަށްފަހު ސިންގަޕޫރުގެ ބެލެނިވެރިއެއް ކަމަށްވާ "ޑޭވިޑް" (އަސްލު ނަމެއް ނޫން) ބުނިގޮތުގައި، ދެ ގައުމުގެ ސަރުކާރުން މިކަމުގައި އަވަސް ނިންމުމެއް ނިންމުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ. "މިހާރު މައްސަލަ ނިމިފައިވާއިރު، އަޅުގަނޑުމެންގެ ދަރިފުޅަށް ދެން ވާނީ ކިހިނެއްތޯ؟ ވޭތުވެދިޔަ އަހަރެއްހާ ދުވަހު އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި،" އޭނާ ބުންޏެވެ.

    ޑޭވިޑާއި އޭނާގެ އަންހެނުން އެލީ ބުނިގޮތުގައި، އެމީހުން އެޑޮޕްޓްކުރި ކުއްޖަކީ ވަގަށް ނަގައިގެން ގެނައި ކުއްޖެއްކަމުގެ އެއްވެސް މައުލޫމާތެއް އެމީހުންނަށް ލިބިފައެއް ނުވެއެވެ. އަދި ސިންގަޕޫރު ސަރުކާރުން ކުރިއަށްގެންދިޔަ ހުރިހާ ޗެކްތަކަކުންވެސް އެކަން ފާހަގަވެފައި ނުވާތީ، އެމީހުން ތިބީ އެއީ ގާނޫނީގޮތުން ރަނގަޅު މުއާމަލާތެއް ކަމަށް ގަބޫލުކޮށްގެންނެވެ.

    އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މިކަމުގައި ކުދިންގެ ގާނޫނީ ހާލަތާއި، އަސްލު މައިންބަފައިންގެ މައުލޫމާތު ދެނެގަތުން ފަދަ ގިނަ ކަންތައްތަކެއް އިތުރަށް ބަލަންޖެހޭ ކަމަށެވެ. އަދި ސިންގަޕޫރުގެ ކަމާބެހޭ މިނިސްޓްރީތަކުން ބުނެފައިވަނީ، މި މައްސަލައިގައި ކޯޓުން ގޮތެއް ނިންމާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ކުދިންގެ މަސްލަހަތަށް ކަމަށެވެ.

    އިންޑޮނޭޝިއާގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާގޮތުގައި، އުސޫލެއްގެ ގޮތުން އެ ކުދިން އަނބުރާ އެކުދިންގެ އަސްލު މައިންބަފައިންނާ ހަވާލުކުރަންޖެހެއެވެ. ނަމަވެސް، ބައެއް ކުދިންގެ އަސްލު މައިންބަފައިން ދެނެގަނެވިފައި ނުވުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

    ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ސިންގަޕޫރުގައި ނިންމާފައިވާ އެޑޮޕްޝަން ހުކުމެއް ބާތިލުކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ކޯޓުން މިކަމުގައި ގޮތެއް ނިންމާއިރު، ކުއްޖާ މިހާރު ހުރި އާއިލާއާ ދުރުކުރުމުން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާނެ އަސަރާއި، އިންޑޮނޭޝިއާގައި އެކުދިންނަށް ލިބޭނެ ދިރިއުޅުމުގެ ހާލަތަށްވެސް ބަލާނެއެވެ.

    މި މައްސަލައިގައި އަދިވެސް ވަކި ގޮތެއް ނުނިމި އޮތްއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ އަސްލު މައިންބަފައިން ނޭނގޭ ކުދިން އަނބުރާ ފޮނުވާލައިފިނަމަ، އެކުދިން ދިރިއުޅެން ޖެހޭނީ އިންޑޮނޭޝިއާގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުންނަ މަރުކަޒުތަކުގައި ކަމަށްވުމެވެ. އެހެންކަމުން، މި ނާޒުކު މައްސަލައިގައި ކުދިންގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ނިންމުމަކީ ދެ ގައުމުގެ ސަރުކާރަށްވެސް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ.

    ]]>
    Sat, 25 Jul 2026 14:38:56 +0500 ނިއުސް ޑެސްކް
    ވަރިކުރިފުޅަށް 644 މިލިޔަން ޑޮލަރ ދިނުމަށް ހުކުމެއް https://heerasnews.com/4430 https://heerasnews.com/4430 ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި އެސް.ކޭ ގްރޫޕްގެ ޗެއާމަން، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް 944 ބިލިއަން ވޮން (ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު) ދިނުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ. މި މައްސަލައަކީ އެ ގައުމުގެ މީޑިއާތަކުން "ގަރުނުގެ ވަރި" ގެ ގޮތުގައި ސިފަކޮށްފައިވާ މައްސަލައެކެވެ.

    މުޅިން ނިމުމަކަށް އަދި ނާންނަ މި ނިންމުމަކީ، 2024 ވަނަ އަހަރު ޗެއާރމަން ޗޭ ތޭ-ވޮން، ރޯ ސޯ-ޔޮންގް އަށް ދައްކަންޖެހޭނެ ކަމަށް ކުރިން ކަނޑައެޅި 1.38 ޓްރިލިއަން ވޮންއަށްވުރެ ކުޑަ އަދަދެކެވެ. މި މައްސަލަ އުފެދިފައިވަނީ ކުރީގެ ރައީސެއްގެ ދަރިކަނބަލުން ކަމަށްވާ ރޯ އާއެކު ޗޭ ކުރި ކައިވެނި ރޫޅުނުތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ކައިވެނި ރޫޅެން ދިމާވީ އެހެން އަންހެނަކަށް ޗޭގެ ދަރިއަކު ހުންނަކަން ހާމަވުމާ ގުޅިގެންނެވެ.

    އެސް.ކޭ ގްރޫޕަކީ މަޝްހޫރު އެންވީޑިއާ ކުންފުންޏަށް ބޭނުންވާ ޗިޕްތައް ފޯރުކޮށްދޭ ސެމީކޮންޑަކްޓަރު އުފައްދާ ބޮޑު ކުންފުނި އެސް.ކޭ ހައިނިކްސް ހިންގާ ފަރާތެވެ. އެ ކުންފުންޏަކީ ދާދިފަހުން އެމެރިކާގެ ހިއްސާގެ ބާޒާރުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކުންފުންޏެކެވެ.

    ޗޭގެ ވަކީލުން ވިދާޅުވީ، މި ވަރީގެ މައްސަލައިގެ ސަބަބުން ގިނަ ބަޔަކަށް ކަންބޮޑުވުންތަކެއް ކުރިމަތިވެފައިވާތީ ޗެއާރމަން ޗޭ ތޭ-ވޮން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ. އަދި ކޯޓުގެ ހުކުމް ފުރިހަމައަށް ދިރާސާކުރުމަށްފަހު، އެ ހުކުމާ ގުޅޭގޮތުން ވަކި ޖަވާބެއް ދޭނެ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

    އެސް.ކޭ ގްރޫޕަކީ ދެކުނު ކޮރެއާގެ އިގްތިސާދު ކޮންޓްރޯލްކުރާ އާއިލީ ވިޔަފާރިތައް ނުވަތަ "ޗޭބޯލް" ތަކުގެ ތެރޭގައި ހިމެނޭ ނުފޫޒުގަދަ ކުންފުންޏެކެވެ. ކޯޓުގެ މި ނިންމުން އައިސްފައިވަނީ 35 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު ރޯ އާއި ޗޭގެ މުދާ ބަހާނެ ގޮތަކާ މެދު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުއެވެ.

    2024 ވަނަ އަހަރު ބޭއްވި ފުރަތަމަ ޝަރީއަތުގައި، ރޯގެ ގާނޫނީ ޓީމުން ވަނީ ޗޭގެ ވިޔަފާރި ކުރިއެރުވުމުގައި ރޯގެ ބައްޕަ، އަދި 1988 އިން 1993 އަށް އެ ގައުމުގެ ރައީސްކަން ކުރެއްވި ރޯ ތޭ-ވޫ ގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ސާބިތުކޮށްދީފައެވެ. އެގޮތުން 1991 ވަނަ އަހަރު ރައީސް ރޯގެ ސިއްރު ފަންޑުން 30 ބިލިއަން ކޮރެއަން ވޮން ޗޭއަށް ދީފައިވާކަން ކޯޓަށް ސާބިތުވުމާ ގުޅިގެން، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް 1.38 ޓްރިލިއަން ވޮން ދެއްކުމަށް އޭރު އަމުރުކުރިއެވެ.

    ނަމަވެސް، މިދިޔަ އަހަރު ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލްކުރީ، އެ ފައިސާއަކީ ގައިރު ގާނޫނީ ގޮތެއްގައި ހޯދާފައިވާ ފައިސާއަކަށް ވާތީ، އެއީ ދެމަފިރިންގެ މިލްކިއްޔާތުގެ ބައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ކަނޑައަޅަމުންނެވެ.

    މި މައްސަލައަކީ ދެކުނު ކޮރެއާގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ މައްސަލައެކެވެ.

    1953 ވަނަ އަހަރު ފޭރާން އުފައްދާ ކުންފުންޏެއްގެ ގޮތުގައި ފެށި އެސް.ކޭ ގްރޫޕް ވަނީ ވަރަށް އަވަސް ދުވަސްކޮޅެއްގެ ތެރޭގައި އެކި ދާއިރާތަކަށް ފުޅާވެ، ގައުމުގެ އެންމެ ބޮޑު އެއް ކުންފުންޏަށް ވެފައެވެ. މިއަދު އެއީ ސެމްސަންގް ގްރޫޕަށް ފަހު އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރިއެވެ. ދެކުނު ކޮރެއާގެ ގިނަ ރައްޔިތުން ބޭނުންކުރަނީ އެސް.ކޭ ޓެލެކޮމްގެ ފޯނު ހިދުމަތްތަކާއި އެސް.ކޭ ޕެޓްރޯލް ޝެޑްތަކުގެ ތެލެވެ.

    އެސް.ކޭ ގްރޫޕަށް ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ، އާޓިފިޝަލް އިންޓެލިޖެންސް ގެ ކުރިއެރުމާއެކު އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ އެސް.ކޭ ހައިނިކްސްގެ މަގުބޫލުކަން އިތުރުވުމުންނެވެ. މިދިޔަ މެއި މަހު އެ ކުންފުނީގެ އަގު ދެކުނު ކޮރެއާގެ ހިއްސާގެ ބާޒާރުގައި 1 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވެއެވެ.

    އެސް.ކޭ ހައިނިކްސްގެ އަގު އުފުލިގެން ދިއުމާއެކު، އެސް.ކޭ ގްރޫޕާއި އެ ކުންފުނީގެ ޗެއާރމަން ޗޭގެ ގަދަރުވެސް ވަނީ އުފުލިފައެވެ. މިދިޔަ މަހު އާޓިފިޝަލް އިންޓެލިޖެންސް އިންވެސްޓްމަންޓް ޕްލޭނެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ލީ ޖޭ މިއުންގް ވަނީ ޗޭ އަދި ސެމްސަންގްގެ ޗެއާމަން ޖޭ.ވައި ލީ އަށް ތައުރީފުކުރައްވައި، އެ ދެ ބޭފުޅުންނަކީ "ކޮރެއާގެ ރައްޔިތުންގެ ބަތަލުން" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

    ]]>
    Fri, 24 Jul 2026 19:32:47 +0500 ނިއުސް ޑެސްކް
    2300 އަށްވުރެ ގިނަ ޔަހޫދީން އަލް&އަގްސާ މިސްކިތަށް ވަދެގެންފި https://heerasnews.com/4428 https://heerasnews.com/4428 ޔަހޫދީންގެ ދީނީ ދުވަހެއް ކަމަށްވާ 'ތީޝާ ބިއާވް' ފާހަގަކުރުމުގެ ގޮތުން، އިސްރާއީލުގެ 2300 އަށްވުރެ ގިނަ މީހުންނާއެކު ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން އަލް-އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގެންފައިވާ ކަމަށް ފަލަސްޠީނުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ. އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް-އަގްސާ އަށް މި އަހަރުގެ ތެރޭގައި އެ ފަދަ ގޮތަކަށް އެންމެ ބޮޑަށް ވަދެގަތް އެއް ފަހަރަކަށް މިފަހަރު ވާނެއެވެ.

    މުސްލިމުންގެ މުގައްދަސް ބިމެއް ކަމުގައިވާ އަލް-އަގުސާ މިސްކިތުގެ ގޯތިތެރެއަށް، އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރް ވެސް ވަނެވެ. އޭނާވަނީ ފުލުހުންގެ ވަރުގަދަ ހިމާޔަތުގެ ދަށުންނެވެ.

    ޔަހޫދީން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ކުރީގެ ފައްޅިތައް ހުރި އެ ބިމަށް ވަދެގަތީ، އެ ފައްޅިތައް ސުންނާފަތިވީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

    ގުދުސް ހިންގާ ފަލަސްތީނު އިދާރާއިން ހާމަކުރި ގޮތުގައި، އިރުއޮއްސުމާ ހަމައަށް އެ ސަރަޙައްދަށް ވަންނަ އިސްރާއީލީންގެ އަދަދު 5،000 އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ރެކޯޑް މިންވަރެކެވެ.

    ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ސިފައިން ވަނީ މިސްކިތުގެ ދޮރުތަކުގައި ވަރުގަދަ ހުރަސްތަކެއް ކުރިމަތިކޮށް، ފަލަސްޠީނުގެ ގިނަ އަދަދެއްގެ އަޅުވެރިންނާއި ދަރިވަރުން މިސްކިތަށް ވަނުން ހުއްޓުވާފައެވެ. އަދި ބައެއް އަޅުވެރިންނަށް އަނިޔާކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

    އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގުދުސްގެ ބޭރު ސަރަޙައްދުތަކުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ފިޔަވައި އެހެން އެންމެން އަލް-އަގްސާ ގޯތިތެރެއަށް ވަނުން މަނާކުރުމާއި، ޗެކްޕޮއިންޓްތައް ވަރުގަދަކުރުން ހިމެނެއެވެ.

    ޔަހޫދީން ވަނީ މިސްކިތުގެ ގޯތިތެރޭގައި ސަޖިދަކުރުމާއި، ލަވަކިޔުމާއި، ދުއާކުރުން ފަދަ ޔަހޫދީ ދީނީ ކަންތައްތަކެއް ހިންގާފައެވެ. އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، ފުލުހުން ވަނީ 1000 އަށްވުރެ ގިނަ ޔަހޫދީންނަށް އެ ސަރަޙައްދުގައި އަޅުކަން ކުރުމުގެ ފުރުސަތު ދީފައެވެ. މިއީ 1967 ވަނަ އަހަރުގެ އެއްބަސްވުމާ ހިލާފު ކަމެކެވެ. އެ އެއްބަސްވުމުގެ ދަށުން، މުސްލިމް ނޫން މީހުންނަށް އެތަނަށް ޒިޔާރަތް ކުރެވުނު ނަމަވެސް އަޅުކަން ކުރުން މަނަލެވެ.

    އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން-ގްވީރް ބުނި ގޮތުގައި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ޔަހޫދީންނަށް އެއީ އެމީހުންގެ އަމިއްލަ ތަނެއްގެ އިހުސާސް ކުރެވެއެވެ. އަދި އެތަނުގައި ހޯދެމުންދާ "ކުރިއެރުންތަކަށް" އޭނާ ވަނީ ތައުރީފުކޮށްފައެވެ.

    ފަލަސްތީނުގެ އިދާރާތަކުން ބެން-ގްވީރްގެ މި ޢަމަލު ސިފަކުރީ ވަރަށް ނުރައްކާތެރި ހަމަނުޖެހުމެއްގެ ފެށުމެއްގެ ގޮތުގައެވެ. އަދި މިއީ އެ ސަރަޙައްދުގައި ޔަހޫދީ ފައްޅިއެއް ބިނާކުރުމަށް ވަކާލާތުކުރާ ޖަމާއަތްތަކަށް އިސްރާއީލު ސަރުކާރުން ދޭ ރަސްމީ އެއްބާރުލުމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

    ފަލަސްތީނުގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސް އެންޑް ރިލިޖަސް އެފެއާޒްއިން ވަނީ، މި އަމަލުތަކަކީ އެ ބިމުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް ހިންގާ ނުރައްކާތެރި އުދުވާނެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި އިސްރާއީލުގެ މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.

    އިސްރާއީލުން އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރުގެ އަރަބި-އިސްރާއީލު ހަނގުރާމައިގައެވެ. އަދި 1980 ވަނަ އަހަރު އެއީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމަޢުން އެކަން ބަލައެއް ނުގަނެއެވެ. 

    ]]>
    Thu, 23 Jul 2026 15:19:11 +0500 ނިއުސް ޑެސްކް
    ދެކުނު ޔޫރަޕްގައި އެންމެ މަތީ ދަރަޖައަށް ހޫނުގަދަވުމުގެ ނުރައްކާ https://heerasnews.com/4425 https://heerasnews.com/4425 ފަރަންސޭސިވިލާތަށް މިދިޔަ ޖޫން މަހު ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން، އާއްމުކޮށް މީހުން މަރުވާ ނިސްބަތަށްވުރެ އިތުރަށް 5700 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. ފްރާންސްގެ ރަސްމީ އިދާރާތަކުން މި މައުލޫމާތު ހާމަ މިކުރީ ޔޫރަޕްގެ ދެކުނުގެ ގައުމުތަކަށް ރެކޯޑް މިންވަރަކަށް ހޫނުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. 

    ފަރަންސޭސިވިލާތުގެ ނޭޝަނަލް ހެލްތު އެޖެންސީން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ޖޫން 17 އިން ޖުލައި 2 ގެ ނިޔަލަށް އެ ގައުމުގައި 5764 މީހުން އިތުރަށް މަރުވެފައިވެއެވެ. މިއީ އާންމުކޮށް މަރުވާ ނިސްބަތަށްވުރެ 36 އިންސައްތަ އިތުރު އަދަދެކެވެ.

    މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވެފައިވަނީ ޖޫން 25 އާއި 27 އާ ދެމެދުގައެވެ. އަދި މަރުވި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ އުމުރުން 75 އަހަރުން މަތީގެ މީހުން ކަމަށް އެ އެޖެންސީން ބުނެއެވެ. ޖޫން 17 އިން ޖުލައި 2 އާ ދެމެދު މަރުވި މީހުން މަރުވީ ތަފާތު އެކި ސަބަބުތަކާ ހުރެ ކަމަށާއި، އޭގެ ތެރެއިން އެއްވެސް މަރަކީ ސީދާ ހޫނާ ގުޅުންހުރި މަރެއްކަން އަދި ކަށަވަރު ނުވާކަމަށްވެސް އެ އެޖެންސީން ބުނެއެވެ. މިދިޔަ އަހަރުގެ މުޅި ހޫނު މޫސުމުގައި ފަރަންސޭސިވިލާތުގައި އާއްމު ނިސްބަތަށްވުރެ އިތުރަށް މަރުވެފައިވަނީ 5722 މީހުންނެވެ.

    މި މައުލޫމާތު ހާމަކޮށްފައިވަނީ، ސްޕެއިންގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ބޮޑު އެއް ރޯވުމާ ދެކޮޅަށް އެގައުމުގެ ފަޔަރު ފައިޓަރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މެޑްރިޑްގެ އުތުރުން އޮންނަ ގުއަޑަލަޖާރާ ސަރަހައްދުގައި ރޯވި މި އަލިފާނުގެ ސަބަބުން 32000 ހެކްޓަރުގެ ބިން އަނދާފައިވާއިރު، 34 އަވަށަކުން 1200 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

    ބުދަ ދުވަހު ސްޕޭންގެ ކަމާބެހޭ ފަރާތްތަކުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވެން ފަށާފައިވާ ކަމަށާއި، ފަސް އަވަށެއްގެ މީހުންނަށް އެނބުރި ގެއަށް ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތެއްގައި ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ސްޕެއިންގައި 22 ބޮޑު ރޯވުމެއް ހިނގާފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއް ކަމަށެވެ.

    މިހާތަނަށް 100000 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް އަނދާފައިވާ ކަމަށާއި، މިއީ ފާއިތުވި ދިހަ އަހަރުގެ މުޅި އަހަރުގެ އެވްރެޖާ އެއްވަރުގެ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތަށް އާންމުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

    ސްޕެއިންގެ މޫސުމާ ބެހޭ އިދާރާ، އޭމެޓްއިން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އަލިފާން ރޯވުމުގެ ނުރައްކާ އިތުރަށް ބޮޑުވާނެއެވެ. ފިނިހޫނުމިން 42 އާއި 44 ޑިގްރީ ސެލްސިއަސްއާ ދެމެދު ހުންނާނެތީ، ހުރިހާ އެންމެންވެސް އިންތިހާއަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ހޫނުމިން އިތުރުވުމާއި، ހަނަފަސްކަން އަދި ރޯވުންތައް ދަނީ އިތުރުވަމުންނެވެ.

    ފަރަންސޭސިވިލާތުގެ ޒިރޮންޑޭ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ދެ ފަޔަރު ފައިޓަރުން މަރުވެފައިވާއިރު، ހޫނުގަދަ ސަރަހައްދުތަކުގައި ބޭރުގައި ބާބަކިއު ފަދަ ކަންކަން ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ. އަލިފާން ރޯވުމުގެ 90 އިންސައްތަ ހާދިސާއަކީ އިންސާނުންގެ އިހުމާލުން ހިނގާ ކަންކަން ކަމަށްވެސް އެ އިދާރާތަކުން ބުނެއެވެ.

    ގްރީސްގައި ފިނިހޫނުމިން 41 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭތީ، އަވިގަދަ ވަގުތުތަކުގައި ބޭރުގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ.

    އިޓަލީގެ ސިސިލީގައިވެސް ބޮޑެތި ރޯވުންތަކެއް ހިނގައި، ގިނަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ވަނީ މުޅި ސިސިލީގައި އަލިފާނުގެ ނުރައްކާ އޮތްކަމަށް އެންމެ މަތީ ދަރަޖައަށް އެލާޓް ނެރެފައެވެ.

    ]]>
    Thu, 23 Jul 2026 02:00:30 +0500 ނިއުސް ޑެސްކް
    ކޮރަޕްޝަންގެ ތުހުމަތުގައި ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ފުރުން މަނާކޮށްފި https://heerasnews.com/4423 https://heerasnews.com/4423 ސްޕެއިނަކީ ކޮރަޕްޝަންގެ މައްސަލަތަކާ ބީރައްޓެހި ގައުމެއް ނޫނެވެ. ވޭތުވެދިޔަ ފަހުގެ ތާރީހުތަކުގައި ކޮރަޕްޝަންގެ އެކި މައްސަލަތަކާ ގުޅިގެން ގިނަ ސިޔާސީ ފަރާތްތަކެއްގެ ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ.

    މިހާރު އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވަނީ، ވޭތުވެދިޔަ އަށް އަހަރު ސްޕެއިންގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ޕެޑްރޯ ސަންޗޭޒްއަށެވެ. އެމަނިކުފާނަކީ ގާޒާގެ މައްސަލައާއި، އީރާންގެ ހަނގުރާމައާއި، ވިޔަފާރީގެ ޓެރިފްތަކާ ގުޅޭގޮތުން ޓްރަމްޕްގެ ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ މަދު ޔޫރަޕްގެ ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ.

    ސަންޗޭޒްގެ ވެރިކަމުގައި، ސްޕެއިންގެ އިގުތިސޯދަކީ ޔޫރަޕްގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ އެއް އިގުތިސޯދަށް ވަނީ ވެފައެވެ. ސްޕޭންގެ އިގުތިސޯދު ރަނގަޅު ވަމުން ދަނީ ވަކިވެގަންނަން އުޅޭ ޕާޓީތަކެއް ހިމެނޭ ބަލިކަށި ކޯލިޝަނަކާއެކު ސަންޗޭޒް ވެރިކަން ކުރައްވަމުން ގެންދަވާ ހާލަތެއްގައެވެ.

    ސަންޗޭޒްއާއި އޭނާގެ ވާތުފިޔައިގެ "ސްޕެނިޝް ސޯޝަލިސްޓް ވޯކާސް ޕާޓީ" ވެރިކަމަށް އައީ 2018 ވަނަ އަހަރު، އޭރު އޮތް ކަނާތުފިޔައިގެ "ޕީޕަލްސް ޕާޓީ" ބޮޑު ކޮރަޕްޝަންގެ މައްސަލައެއްގައި ތަޅުއެޅި، އިތުބާރު ނެތްކަމުގެ ވޯޓަކުން ބަލިވުމާ ގުޅިގެންނެވެ. ނަމަވެސް، މިއަދު މިވަނީ އެފަދަ ނުރައްކާތެރި ހާލަތެއް ސަންޗޭޒްއާ ކުރިމަތިވެފައެވެ.

    މިދިޔަ ހޮނިހިރު ދުވަހު، ސްޕެއިންގެ ފަނޑިޔާރަކު ވަނީ ސަންޗޭޒްގެ އަނބިކަނބަލުން ބެގޯނިއާ ގޯމޭޒްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި، ޝަރީއަތް ފެށުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން، އެ ކަމަނާގެ ޕާސްޕޯޓް ހިފަހައްޓައި، ގައުމުން ބޭރަށް ފުރުން މަނާކޮށް، ކޮންމެ މަހަކު ދެ ފަހަރު ކޯޓަށް ހާޒިރުވުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

    ފަނޑިޔާރު ހުއާން ކާލޯސް ޕެއިނާޑޯ ވަނީ ގޯމޭޒްގެ މައްޗަށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، ނުފޫޒު ފޯރުވުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގައި ކޮރަޕްޝަން ހިންގުމުގެ ތުހުމަތުކޮށްފައެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ ވަނީ މެޑްރިޑްގެ ޔުނިވަރސިޓީއެއްގައި އޭނާގެ ވަޒީފާގެ ކުރިއެރުމަށް ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ހައިސިއްޔަތު ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައެވެ.

    ގޯމޭޒްއާއި ސަންޗޭޒް ވެސް މި ތުހުމަތުތައް ދޮގުކުރައްވައެވެ. ސަންޗޭޒް ވިދާޅުވަމުން ގެންދަވަނީ މިއީ ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ "ހުތުރު ޑްރާމާއެއް" ކަމަށެވެ.

    މި ތަހުގީގު ފެށުނީ 2024 ވަނަ އަހަރު، ކަނާތުފިޔައިގެ ވިސްނުމާ ގުޅުން އޮންނަ "މަނޯސް ލިމްޕިއަސް" (ސާފު އަތްތަކެއް) ނަމަކަށް ކިޔާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ގްރޫޕަކުން ގޯމޭޒްއާ ދެކޮޅަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ދުވަސްވަރު ސަންޗޭޒް ވަނީ މަގާމުގައި ހުންނަވާނެތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ހަފްތާއެއްހާ ދުވަހަށް ރަސްމީ މަސައްކަތްތަކުން ދުރުވެވަޑައިގެންފައެވެ.

    މައްސަލައިގައި ސްޕެއިންގެ ޖަސްޓިސް މިނިސްޓަރު ފީލިކްސް ބޮލާނިއޯސް ވިދާޅުވީ، މިއީ އިންސާފަށް ލޯބިކުރާ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، އެންމެ ފަހުން ހަގީގަތް ހާމަވާނެ ކަމަށެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ފަނޑިޔާރުގެ ނިންމުންތަކަކީ އިންސާފުން ބޭރު، ނުބައްދަލު ނިންމުންތަކެކެވެ.

    މައްސަލައަކީ ސަންޗޭޒްގެ އަރިސް ބޭފުޅުންނަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރެއިން އެންމެ ފަހުގެ މައްސަލައެވެ. ފާއިތުވި ދުވަސްތަކުގައި ސޯޝަލިސްޓް ޕާޓީގެ ހެޑްކުއާޓާސް ފުލުހުން ރައިޑްކޮށްފައިވާއިރު، ކުރީގެ ބޮޑުވަޒީރު ޒަޕަޓޭރޯއާއި ކުރީގެ ވަޒީރު އާބަލޮސްގެ މައްޗަށް ވެސް ވަނީ ތަފާތު ތުހުމަތުތައް ކުރެވިފައެވެ. މީގެ އިތުރުން ސަންޗޭޒްގެ ކޮއްކޮ ޑޭވިޑްގެ މައްޗަށް ވެސް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލައި މިހާރު ދަނީ ޝަރީޢަތް ކުރަމުންނެވެ.

    ސަންޗޭޒްގެ މައްޗަށް ސީދާ އެއްވެސް ދައުވާއެއް އުފުލިފައި ނުވި ނަމަވެސް، މި މައްސަލަތަކުގެ ސަބަބުން ސަންޗޭޒްގެ ސަރުކާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އިދިކޮޅު ލީޑަރު އަލްބަރޓޯ ނޫނިއޭޒް ފޭޖޯ ވަނީ ސަރުކާރު އޮތީ "މަރުމަތީގައި" ކަމަށް ބުނެ، ސަންޗޭޒް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

    އަންނަ އަހަރުގެ އޯގަސްޓް މަހު އިންތިހާބު ބާއްވަން ހަމަޖެހިފައިވީ ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭގެ ކުރިން ސަރުކާރު ކޯލިޝަން ރޫޅިގެންދާނެއެވެ. ސާވޭތަކުން ދައްކާ ގޮތުގައި މިހާރު އިންތިހާބެއް ބާއްވައިފިނަމަ، ކަނާތުފިޔައިގެ ޕީޕަލްސް ޕާޓީއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ.

    ސަންޗޭޒްގެ ސިޔާސީ މުސްތަގުބަލު މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ނަމަވެސް، ގާނޫނުއަސާސީ އޮތްގޮތުން ބޮޑުވަޒީރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުން އެހެން ބޭފުޅަކަށް އަގުލަބިއްޔަތު ލިބިގެން ކަމަށްވާތީ، މިއީ އޭނާއަށް އޮތް ކުޑަ އުއްމީދެކެވެ. ސަންޗޭޒްގެ މިހާރުގެ އަމާޒަކީ މި ތުފާނުން ސަލާމަތްވެ، ޝަރީއަތްތައް ސަންޗޭޒާއި އެއްކޮޅަށް ނިމޭތޯ ބެލުމެވެ.

    ]]>
    Wed, 22 Jul 2026 09:18:34 +0500 ނިއުސް ޑެސްކް
    އެމެރިކާއިން އީރާނު ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި https://heerasnews.com/4422 https://heerasnews.com/4422 އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. ހެގްސެތު މިހެން ވިދާޅުވީ، ސިފައިންނަށް ބޭނުންވާ ފައިސާގެ އިތުރުން ދަނޑުވެރިންނަށް އެހީތެރިވުމަށާއި ވޯޓުލުމުގެ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ހަރަދުކުރުމަށް ރިޕަބްލިކަން ޕާޓީން ހުށަހަޅާފައިވާ 95 ބިލިއަން ޑޮލަރުގެ ބަޖެޓާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައެވެ.

    ސެނެޓް އެޕްރޮޕްރިއޭޝަންސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެގްސެތު ވަނީ ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑު އަދަދެއް ހަނގުރާމައަށް ހަރަދުވާނެ ކަމަށް ވިދާޅުވެފައެވެ. މި އަޑުއެހުން ކުރިއަށްދިޔަ ވަގުތު ނުރުހުން ފާޅުކޮށް އަޑުއުފިލި މީހުން އެތައް ފަހަރަކު ވަނީ އޭނާގެ ވާހަކަ މެދުކަނޑުވާލާފައެވެ. ސެނެތްގައި ހަމަނުޖެހުންތައް ހިނގާފައި މިވަނީ، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާގެ އިތުރު ތިން ސިފައިން މަރުވެ، މަރުވި މީހުންގެ އަދަދު 17 އަށް އަރައި، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ޕެންޓަގަންއިން ހާމަކޮށްފައި ވަނިކޮށެވެ.

    ހެގްސެތު ވިދާޅުވި ގޮތުގައި ހަނގުރާމައަށް ބޭނުންވާ މި އިތުރު ފައިސާއަކީ "މުހިންމު އަދި ކޮންމެހެން ބޭނުންތެރި" އެހީއެކެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 1.5 ޓްރިލިއަން ޑޮލަރުގެ ދިފާއީ ބަޖެޓަކީ އަސްކަރިއްޔާއަށް ކުރެވޭ ތާރީހީ އިންވެސްޓްމަންޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. "މި ފައިސާ ނުލިބިއްޖެނަމަ، އަޅުގަނޑުމެންނަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

    ނަމަވެސް، ކޮމިޓީގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ސެނެޓަރ ފެޓީ މަރީ ވަނީ މިއީ "ކޮޅެއް ނެތް ހަނގުރާމައެއްގެ" ފެށުން ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ މިހާރު ވަނީ ކޮންޓްރޯލުން ނެއްޓިފައެވެ. އަދި ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް 40 އަށްވުރެ ގިނަ ފަހަރު ވިދާޅުވެފައިވާއިރު، އަނެއްކާވެސް އިތުރު 70 ބިލިއަން ޑޮލަރަށް އެދިވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

    މި އަޑުއެހުމުގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން އާއި އެގްރިކަލްޗަރ ސެކްރެޓަރީ ބްރޫކް ރޮލިންސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

    ރިޕަބްލިކަން ބަޖެޓުގެ ބޮޑުބަޔަކީ ހަނގުރާމައިގެ ހަރަދު

    ރިޕަބްލިކަން ޕާޓީން ހުށަހަޅާފައިވާ ބަޖެޓުގެ ބޮޑު ބަޔަކީ ހަނގުރާމައަށް ކަނޑައަޅާފައިވާ ފައިސާއެވެ. މީގެ އިތުރުން ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން ގެއްލުންވަމުންދާ ދަނޑުވެރިންނަށް އެހީވުމަށް 10 ބިލިއަން ޑޮލަރާއި، ވޯޓުލުމުގެ ގާނޫނަށް ބަދަލު ގެނައުމަށް 10 ބިލިއަން ޑޮލަރު ހިމަނާފައިވެއެވެ.

    އޭޕީ-ނޯކް އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ގިނަ އެމެރިކާ ރައްޔިތުން ޓްރަމްޕް އީރާނާ މެދު ގެންގުޅުއްވާ ސިޔާސަތަށް ތާއީދެއް ނުކުރެއެވެ. ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެމެރިކާގެ އަސްކަރީ ހަކަތަ ހުސްވަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ދިގުދެމިގެންދާ ހަނގުރާމަތަކުގެ ތެރެއަށް އެމެރިކާ ނުވައްދާނެ ކަމަށް ޓްރަމްޕް ވެވަޑައިގެންނެވި ވައުދާ ހިލާފުވެވަޑައިގަންނަވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

    އެހެންނަމަވެސް، ހަނގުރާމައިން ފަހަތަށް ޖެހުމުގެ އެއްވެސް ނިޝާނެއް ޓްރަމްޕް ނުދައްކަވާއިރު، ރިޕަބްލިކަން މެންބަރުންވެސް އޭނާގެ ސިޔާސަތުތަކާ ސުވާލު އުފެއްދުމަށް ޖެހިލުންވެއެވެ.

    ހެގްސެތަށް ކުރިމަތިވި ފާޑުކިޔުންތައް

    ހަނގުރާމައިގެ އިތުރުން ހެގްސެތުގެ ލީޑަޝިޕާ މެދު ވެސް ސެނެޓަރުން ވަނީ ސުވާލު އުފައްދާފައެވެ. ކޮމިޓީގެ މުގައްރިރު ސޫޒަން ކޮލިންސް ވިދާޅުވީ، އަސްކަރިއްޔާގެ އިސް މަގާމުތަކަށް އަންހެނުންނާއި މައިނޯރިޓީ ގްރޫޕްތަކުގެ މީހުން އައްޔަންކުރުމަށް ހުރަސްއަޅަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

    ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމަރ ވިދާޅުވީ، ހަނގުރާމައިގައި ޒަހަމްވާ ސިފައިންގެ މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި، ހެގްސެތު އިސްކަންދެއްވަނީ ސިފައިންގެ "ޓެސްޓޮސްޓިރޯން" ލެވެލް ޗެކްކުރުމުގެ ޕްލޭންތައް އިޝްތިހާރު ކުރުމަށް ކަމަށެވެ. ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ގާތްގަނޑަކަށް 450 ސިފައިން ވަނީ ޒަހަމްވެފައެވެ.

    އަދި ހަނގުރާމައިގެ ކުރީކޮޅު އީރާނުގެ ޕްރައިމަރީ ސްކޫލަކަށް ދިން ނުރައްކާތެރި ހަމަލާގެ ރިޕޯޓު ހާމަކުރުމަށް ވެސް ސެނެޓަރުން ވަނީ ޑިފެންސް ސެކްރެޓަރީއަށް މަޖުބޫރުކޮށްފައެވެ.

    މި ހަފްތާގެ ތެރޭގައި ސެނެޓުން ހަނގުރާމަ ހުއްޓުވުމާ ގުޅޭ އިތުރު ގަރާރަކަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މީގެ ކުރިން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

    ބަޖެޓު ފާސްކުރުމުގެ މަސައްކަތް

    ރިޕަބްލިކަން ޕާޓީން މަސައްކަތް ކުރަމުންދަނީ ޑިމޮކްރެޓުންގެ ދެކޮޅުހެދުންތަކާ އެކުވެސް، ހާއްސަ އިޖުރާއަތްތަކެއްގެ ދަށުން މި ބަޖެޓު ފާސްކުރުމަށެވެ. މި ހަފްތާގެ ތެރޭގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި މި ބަޖެޓަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ދަނީ ބަޖެޓުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވެގެންދާނެތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

    ]]>
    Wed, 22 Jul 2026 02:04:52 +0500 ނިއުސް ޑެސްކް
    ބޭރުން ފިއްތާވަރަކަށް އީރާނުގެ ވެރިންނަށް ރައްޔިތުން ކުރަނީ އިތުބާރު https://heerasnews.com/4417 https://heerasnews.com/4417 އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަކޮށްގެން އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް ފުނޑުފުނޑު ކޮށްލެވިދާނެ ބާއެވެވެ. ހަނގުރާމައިގެ ސަބަބުން އީރާނު ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ކަނޑުވާލެވޭ ހެއްޔެވެ. ފެންނަން އޮތް ހަގީގަތް ބުނެދެނީ މުޅިން އެހެން ވާހަކައެކެވެ. 

    އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލާ އަލީ ހާމަނާއި އަވަހާރަކޮށްލުމާ ގުޅިގެން، އޭނާގެ ޖަނާޒާގެ ހަރަކާތްތަކުގައި ބައިވެރިވި އެތައް ހާސް ބަޔަކު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލާ ދެކޮޅަށް ބަދަލުހިފުމަށް ގޮވާލާފައެވެ. ތެހެރާނުގެ މަގުތަކުގައި ކުރިއަށްދިޔަ މި ހިނގާލުމުގައި އެމެރިކާއާއި އިސްރާއީލުގެ ދިދަ އަންދައި، އެ ގައުމުތަކާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ. ބައެއް ބޯޑުތަކުގައި ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ލިޔެފައިވެއެވެ.

    އީރާނުގައި 37 އަހަރު ވަންދެން ވެރިކަން ކުރެއްވި ހާމަނާއި އަވަހާރަވީ ފެބްރުއަރީ މަހުގެ ފަހުކޮޅު އިސްރާއީލުން ދިން ހަމަލާތަކުގައެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިތާމައަކީ ވަރަށް ފުން އަސަރުތަކެއް އެކުލެވިގެންވާ ކަމެކެވެ.

    އެމެރިކާ އާއި އިޒުރޭލް ގުޅިގެން އީރާނާ ކުރަންފެށި ހަނގުރާމައިގެ ކުރިން، އީރާނުގެ ސަރުކާރަށް އެތެރޭގެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ޖެނުއަރީ މަހު ކުރި މުޒާހަރާތައް ހުއްޓުވުމަށް ބޭނުންކުރި ބާރުގެ ސަބަބުންނާއި، ކޮރަޕްޝަނާއި އިގްތިސާދީ ދަތިކަމުގެ ސަބަބުން ސަރުކާރު އޮތީ ނުރައްކަލެއްގެ ތެރޭގައެވެ. ނަމަވެސް އެ ހަނގުރާމައިގެ ފަހުން ފެންނަނީ އީރާނުގެ ސަރުކާރަށް އާދަޔާ ހިލާފު އިތުބާރެއް ލިބިފައިވާ މަންޒަރެވެ.

    ޖަނާޒާގައި އެތައް މިލިއަން ބަޔަކު ބައިވެރިވުމަކީ ހަމައެކަނި ހިތާމަ ފާޅުކުރުމެއް ނޫނެވެ. މިއީ އީރާނުގެ ވެރިކަން ބަދަލުކޮށް، އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތައް ނައްތާލުމަށް 40 ދުވަސް ވަންދެން ދިން ވަރުގަދަ ހަމަލާތަކުން އެ ގައުމުގެ ލީޑަރުން ސަލާމަތްވިކަމުގެ ރަމްޒެކެވެ. އިގްތިސާދީ ދަތިތަކާއި ކޮރަޕްޝަނުގެ ސަބަބުން ވެރިކަން ވެއްޓިދާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ހަނގުރާމައިގެ ސަބަބުން ސަރުކާރުގެ މަގުބޫލުކަން އަލުން އިތުރުވެފައިވާ ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

    އެމެރިކާއާއެކު މަޝްވަރާތައްކޮށް ޖޫން 17 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ އީރާނުގެ ކާމިޔާބެއް ކަމުގައި ބަލަންޖެހެއެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރާއި ހޮރޮމޫޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަން އީރާނުން ދޫނުކުރާނެ އެނގިގެން ދިއުމަކީވެސް އީރާނަށް ކާމިޔާބެކެވެ. 

    ސަރުކާރަށް ފާޑުކިޔާ އީރާނުގެ ބައެއް ރައްޔިތުން ދެކޭގޮތުގައި، އެ ހަނގުރާމައިގެ ސަބަބުން ސަރުކާރު ވަނީ ކުރިއަށްވުރެ ބާރުގަދަވެފައެވެ. ތެހެރާނުގެ ޔުނިވާސިޓީ ދަރިވަރަކު ބުނިގޮތުގައި، ހަނގުރާމަ ފެށުނުއިރު ސަރުކާރު އޮތީ ވެއްޓުމުގެ މަގުމަތީގައެވެ. އޭނާ ހީކުރީ ބޭރުގެ ހަމަލާތަކާއެކު ސަރުކާރު ބަދަލުވާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އޭގެ އިދިކޮޅަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ކާމިޔާބީއަކީ ރައްޔިތުންނަށް ލިބުނު އުފާވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި މީގެ ސަބަބުން ކޮރަޕްޝަން އިތުރުވެ، ގައުމުގެ ފައިސާ އަސްކަރީ ކަންކަމަށް ހޭދަވާލެއް އިތުރުވާނެއެވެ.

    ހަނގުރާމަ ހުއްޓާލުމުން އީރާނުގެ އާ ލީޑަރޝިޕުން މަސައްކަތް ކުރަމުން ދިޔައީ އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ. އެމެރިކާ އާއި އެކުގައި ކުރި މަޝްވަރާތަކުގައި އިސްކޮށް ހުންނެވި މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ހޯމްޒް ކަނޑުއޮޅިއަކީ އީރާނަށް ލިބިފައިވާ "އިލާހީ ނިއުމަތެއް" ކަމަށެވެ. އެއީ އީރާނުގެ އެންމެ ބޮޑު ބާރެވެ.

    ހަނގުރާމަ ހުއްޓާލާފައި ވީ އެއްބަސްވުމުގެ ދަށުން އީރާނަށް ތެޔޮ ވިއްކުމުގެ ހުއްދަ ލިބުމާއި، ހިފަހައްޓާފައިވާ 12 ބިލިއަން ޑޮލަރު ދޫކުރުމާއި، ގައުމު އަލުން ބިނާކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރުން ވެސް ހިމެނުނެވެ. އެއްބަސްވުން ދެމިއޮތް ނަމަ އެއީ އީރާނުގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކަށް ވީހެވެ.

    އަނެއްކާވެސް ހަނގުރާމައިގެ ސަބަބުން ކަންތައްތައް މުޅިން ބަދަލުވެއްޖެއެވެ. ޖެނުއަރީ މަހުގެ ހާދިސާތައް ހަނދާން ނުނެތުނު ނަމަވެސް އެ ހަނގުރާމައިގެ ބޮޑުކަމުން އެހެން ހުރިހާ ކަމެއްގެ މައްޗަށް އެކަން ބޮޑުވިއެވެ. އެމެރިކާއާއި އިސްރާއީލަށް އެމީހުންގެ އަސްކަރީ މަގްސަދުތައް ހާސިލެއް ކުރީފަހަރުވެސް ނުކުރެވުނެވެ. އެއާއި ހިލާފަށް އެއްބަސްވުން ދެމިއޮތް ނަމަ ދުނިޔެއަށް އޮތް ހަނގުރާމައިގެ ބިރު ކުޑަވެ، އެމެރިކާ އާއި އިރާނާ ގދެ ގައުމުގެ ދެމެދުގައި އިތުބާރު އުފުލިގެން ދިޔަހީއެވެ.

    ހަނގުރާމަ ހުއްތާލުމަށް ވީ އެއްބަސްވުމަށް ފަހު އީރާނުގެ އިޖުތިމާއީ ކަންކަމަށް ވެސް ބަދަލުތަކެއް އަންނަމުން ދިޔަކަން ފާހަގަކުރެވުނެވެ. ބުރުގާއެޅުން ފަދަ ކަންކަމުގައި އޮންނަ ހަރުކަށިކަން ކުޑަކޮށްލިތަން ފެނުނެވެ. ތެހެރާނުގެ މަގުމަތިން ބުރުގާ ނާޅާ އަންހެނުންނާއި ހުޅަނގުގެ ހެދުން އަޅާ މީހުން ފެނުމަކީ އާންމު ކަމަކަށް ވާން ވަނީ ފަށާފައެވެ.

    އިސްރާއީލުގެ އިންޓެލިޖެންސް މާހިރެއް ކަމަށްވާ ޑެނީ ސިޓްރިނޯވިޗް ލިޔެފައިވާ ގޮތުގައި، އީރާނުގެ ވެރިކަން ވައްޓާލުމަށް ބޭރުން ދިން ފިއްތުންތަކުގެ ސަބަބުން، ހަގީގަތުގައި ވީގޮތަކީ އެ ވެރިކަން އިތުރަށް ވަރުގަދަވެ ސަލާމަތްވުމެވެ.

    ހަނގުރާމަ ހުއްޓާލުމުން ސަރުކާރުން ކާމިޔާބީ ފާހަގަކުރަމުން ދިޔައިރު، ރައްޔިތުންގެ މެދުގައި ހުރި ނުތަނަވަސްކަމަށް މުޅިން ހައްލެއް ނުލިބެއެވެ. އިގްތިސާދީ ހާލަތު ރަނގަޅުވެ، އިޖުތިމާއީ ހުރަސްތައް ކުޑަވެއްޖެނަމަ، ސަރުކާރާ ދެކޮޅު ރޫހު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެ އުންމީދު ވަނީ ކެނޑިފައެވެ. ބައެއް މީހުން އިރާނު ސަރުކާރު ވެއްޓޭނެ ކަމަށް ކުރި އުންމީދު މިހާރު ވަނީ ކުޑަވެފައެވެ.

    އެމެރިކާއާއިން ވީ އެއްބަސްވުން އުވާލާ އަލުން ހަނގުރާމަ ފެށުމަކީ މުޅި ދުނިޔެއަށް ކުރިތިވި ގޮންޖެހުމެކެވެ. ކުރިއަށް ވުރެވެސް ގިނަ ރައްޔަތުން އިރާނުގެ ސަރުކާރާ ބައިވެރިވެ ދުޝަމަނުންނާ ދެކޮޅަށް އިރާނުން ހަށިފޮޅާލަން ލިބުނު ހިއްވަރެކެވެ. އީރާނުގެ މިހާރުގެ ވެރިކަން ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިއޮތުމަށް ހޯދާދޭ ޔަގީންކަމެކެވެ.      

    ]]>
    Mon, 20 Jul 2026 18:07:09 +0500 ނިއުސް ޑެސްކް
    ކެން&ބެޓްވާ މަޝްރޫއާ ދެކޮޅަށް އިހުތިޖާޖުކުރަނިކޮށް ބަޓްނާގަރ ހައްޔަރުކޮށްފި https://heerasnews.com/4414 https://heerasnews.com/4414 އިންޑިއާގެ މަދްޔަޕްރަދޭޝްގެ ފުލުހުން އާދީއްތަ ދުވަހުގެ ހެނދުނު، "ކެން-ބެޓްވާ" މަޝްރޫއާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ ލީޑަރު އަމިތު ބަޓްނާގަރާއި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ޗައްތަރުޕޫރު ޑިސްޓްރިކްޓްގެ ކޫޕީ އަވަށުގައި އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

    އަމިތު ބަޓްނާގަރާއިއެކު އެތައް ބަޔަކު ހައްޔަރު ކުރުމުން 44605 ކްރޯޑް ރުޕީސްގެ ބޮޑު މަޝްރޫއާ ދެކޮޅަށް ދެ ހަފުތާ ވަންދެން ކުރިއަށްދިޔަ ހަރަކާތްތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

    ބަޓްނާގަރު ހައްޔަރުކުރީ، ކެން-ބެޓްވާ ލިންކް މަޝްރޫއަށް ބިން ނެގުމާއި، މީހުން އަލުން އާބާދުކުރުމުގެ އިތުރުން، ބަދަލު ދިނުމުގައި ހުރި ކަމަށް ބުނާ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލައި، ކާބޯތަކެތިން ދުރުވެ 14 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހުއްޓައެވެ. އޭނާއަކީ މި އިހުތިޖާޖުތަކުގެ އެންމެ ކުރީ ސަފުގައި ހުރި މައިގަނޑު ޝަހުސިއްޔަތެވެ.

    ކެން-ބެޓްވާ ލިންކް ޕްރޮޖެކްޓަކީ އިންޑިއާގައި ކޯރުތައް ގުޅުވައިލުމަށް ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން "ކެން" ކޯރުގެ ފެން "ބެޓްވާ" ކޯރާ ގުޅުވައިލުމަށް ހަމަޖެހިފައިވަނީ ދައުދާން ޑޭމާއި ކެނަލްތަކުގެ ޒަރީއާއިންނެވެ.

    ކެން-ބެޓްވާ ލިންކް ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މަދްޔަޕްރަދޭޝްއާއި އުއްތަރުޕްރަދޭޝްގެ ސަރަހައްދުތަކަށް ދަނޑުވެރިކަމަށާއި، ބޯފެނުގެ އިތުރުން ކަރަންޓު އުފެއްދުމަށް ބޭނުންވާ ފެން ފޯރުކޮށްދިނުމެވެ. ނަމަވެސް، މި މަޝްރޫއުގެ ސަބަބުން ބައެއް އަވަށްތައް ފެނުގެ އަޑިއަށް ދާތީ، ގާތްގަނޑަކަށް 2000 އާއިލާ އެ ސަރަހައްދުތަކުން ބަދަލުކުރަން ޖެހުމަކީ މި އިހުތިޖާޖުތައް އުފެދެން މެދުވެރިވި މައިގަނޑު ސަބަބެވެ.

    ފުލުހުންގެ ހާއްސަ ފައުޖުތަކުން ހަމަނުޖެހުންތައް ކޮންޓްރޯލްކުރާ ހެދުމުގައި އިހުތިޖާޖު ކުރަމުންދިޔަ ސަރަހައްދަށް ދިޔައިރު، ބަޓްނާގަރާއި އެހެނިހެން މީހުން ވަނީ ފުލުހުންނާ ދުރަށް ޖެހުމަށްޓަކައި ކޯރުގެ ތެރެއަށް ފައިބާފައެވެ. ފުލުހުން އެ މީހުންނަށް ނަސޭހަތްތެރިވެ، އިހުތިޖާޖު ހުއްޓައިލުމަށް އެދިފައިވެއެވެ.

                        

    ]]>
    Sun, 19 Jul 2026 14:59:37 +0500 ނިއުސް ޑެސްކް
    ސަންދާނު ލުތުފީ މަރާލަން ރައީސް ނަޝީދު އުޅުއްވިކަމުގެ ތުހުމަތެއް https://heerasnews.com/4413 https://heerasnews.com/4413 ވަރަށް ބޮޑަށް ރޭވިގެން އިބްރާހީމް ލުތުފީ މަރާލުމަށް ދިން ހަމަލާއަކުން ސަލާމަތް ވެއްޖެކަމަށް އޭނާ ބުނެފިއެވެ. ސްވިޒަލޭންޑްގައި ދިރިއުޅޭ ސަންދާނު ލުތުފީ އެހެން ބުނީ މިއަދު އެކްސްގައި ކޮށްފައިވާ  https://x.com/i/status/2078699442296045645 ޕޯސްޓްގައެވެ.

    އޭނާ ބުނެފައިވަނީ " 18 ޖުލައި 2026 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 10:49 ހާއިރު، ސުވިޒަލޭންޑުގެ ބާސެލްގައި އަޅުގަނޑު މަރާލުމަށް ދިން ވަރަށް ބޮޑަށް ރޭވިފައިވާ ނުރައްކާތެރި ހަމަލާއަކުން މާތްﷲގެ ރަޙްމަތްފުޅުން ސަލާމަތްވެއްޖެ" ކަމަށެވެ. 

    "މިއީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން،  ކްރިމިނަލް ގޭންގް މެދުވެރިކޮށް ހިންގާފައިވާ ކަމެއް" ކަމަށް ސަންދާނު ލުތުފީ ބުނެފައިވެއެވެ. 

    ސަންދާނު ލުތުފީގެ ނުރައްކާތެރި ތުހުމަތަށް އެއްވެސް އެއްޗެއް ރައީސް ނަޝީދު އަދި ވިދާޅެއްނުވެއެވެ. އެފަދަ ހާދިސާއެއް ހިނގައިގެން އެކަމުގެ ތަހުގީގު ސްވިޒަލޭންޑް ފުލުހުން ހިންގަމުންދާ ކަމެއްވެސް ސާފެއް ނޫނެވެ.             

    ]]>
    Sun, 19 Jul 2026 12:34:13 +0500 ނިއުސް ޑެސްކް
    ޖަންގަލީގައި ރޯވާ އަލިފާނުގެ ދުމާއި ވޯލްޑް ކަޕް ފައިނަލް: ބަދަލުގައި ފީފާގެ ޕްލޭނެއް އެބައޮތްތަ؟ https://heerasnews.com/4412 https://heerasnews.com/4412 2026 ވަނަ އަހަރުގެ ޖުލައި 20 ވަނަ ދުވަހު އޮންނަ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ހުންނަ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމަށް ހުއްޓޭނެއެވެ. ނަމަވެސް، މި ހޫނު މޫސުމުގައި ތަބީއީ އެހެން ބާރަކުން މި މުނާސަބަތަށް ހުރަސްއެޅުމުގެ ބިރު އެބައޮތެވެ.

    ވޯލްޑް ކަޕްގެ ފައިނަލަށް އޮތް ތޮބައީ ބިރަކީ ޖަންގަލިތަކުގައި ރޯވާ އަލިފާނުގެ ދުމެވެ. އެމެރިކާ އާއި ކެނެޑާގެ ހުޅަނގުގެ ސަރަހައްދުތަކުގައި ރޯވަމުންދާ އަލިފާނުގެ ސަބަބުން އުފެދޭ ވިހަ ދުމުގެ ފަށަލަތައް އެމެރިކާގެ އިރުއުތުރުގެ ސަރަހައްދުތަކަށް ފެތުރި، އުޑުމަތި އޮރެންޖު ކުލައަށް ބަދަލުވެ، ވައިގެ ނުސާފުކަން ނުރައްކާތެރި މިންވަރަކަށް ވަނީ ގޮސްފައެވެ.

    މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ކަންތައް ކުރާނެ ފުރިހަމަ އިމަޖެންސީ ޕްލޭނެއް ފީފާއަކު ނެތެވެ. މިއީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ސިއްހަތަށް ބަލާއިރު ނުހަނު ބޮޑު ނުރައްކަލެކެވެ.

    "ވައި ނުސާފުވުމަކީ ތިމާވެށީގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވާ އެންމެ ބޮޑު ކަންތައް. މީގެ ތެރެއިން ވެސް ޕީ.އެމް 2.5 އަކީ އެންމެ ނުރައްކާތެރި މާއްދާ،" ޑީ.އެމް.ސީ ހުރޮން ވެލީ-ސައިނާއީ ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޑައިރެކްޓަރު ޑރ. އަބީރު ބެރީ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވައި ނުސާފުވުމަކީ މުޅި ދުނިޔޭގައި މީހުން މަރުވާ ހަތަރުވަނައަށް އެންމެ ބޮޑު ސަބަބެވެ.

    ޖަންގަލިތަކުގެ އަލިފާނުން އުފެދޭ ދުމަކީ އާދައިގެ ދުމެއް ނޫނެވެ. އެއީ ޕީ.އެމް 2.5 އާއި، އޯޒޯނާއި ނައިޓްރޯޖަން ޑައިޮކްސައިޑާއި ކާބަން މޮނޮކްސައިޑް ގެ އިތުރުން ވޮލަޓައިލް އޯގަނިކް ކޮމްޕައުންޑްތައް އެކުލެވޭ ވިހައިން މަހުނިވެފައިވާ ދުމެކެވެ. މީގެ ތެރެއިން 2.5 މައިކްރޯމީޓަރަށް ވުރެ ކުދި ޕާޓިކަލް (ޕީ.އެމް.2.5) އަކީ ސިއްހީ އެންމެ ބޮޑު ނުރައްކަލެވެ. މި ތަކެތި ކުދިކަމުން ހަށިގަނޑުގެ ގުދުރަތީ ދިފާއީ ނިޒާމު ފަހަނައަޅައި، ފުއްޕާމޭގެ ފުންމިނަށް ދަތުރުކޮށް، ލޭގެ ތެރެއަށް ވާސިލުވުމުގެ ގާބިލުކަން ލިބިގެންވެއެވެ.

    މިޑްވެސްޓަން ޔުނިވަރސިޓީގެ ކުރީގެ އެސިސްޓަންޓް ކްލިނިކަލް ޕްރޮފެސަރ ޑރ. މުހައްމަދު އަލޯ ވިދާޅުވި ގޮތުގައި، ވައި ނުސާފުވުމާއި ހިތުގެ ބަލިތަކާ ހުރި ގުޅުމަކީ ސައިންޓިފިކް ދިރާސާތަކުން ކަށަވަރުވެފައިވާ ކަމެކެވެ. އިރުކޮޅަކުވެސް މިފަދަ ވައިގެ ތެރޭގައި އުޅުމަކީ ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުމާއި، ހިތުގެ ވިންދު ގޯސްވުން ފަދަ ކަންކަމަށް މަގުފަހިވާ ކަމެކެވެ.

    އަލޯ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ދިގު މުއްދަތަކަށް މިފަދަ ނުސާފު ވައިގެ ތެރޭގައި އުޅުމުން އޭގެ ނުރައްކާ އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. އަދި އެންމެ މުހިންމު ކަމަކީ، ވައިގައި ވިހަ މާއްދާތައް ހުންނަ މިންވަރު ކިތަންމެ މަދުވި ނަމަވެސް، އެއީ ސިއްހީ ގޮތުން ރައްކާތެރި މިންވަރެއް ކަމަށް ބެލެވެން ނެތް ކަމެވެ.

    ޖަންގަލީގެ ދުމުގައި ހުންނަ ވިހަ ކެމިކަލްތަކާބެހޭ ގޮތުން "ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިން" ގައި ޝާއިއުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ޖަންގަލިތަކުގެ އަލިފާނުން އުފެދޭ ޕީ.އެމް 2.5 އަކީ އާދައިގައި ސިޓީތަކުގެ ވައި ނުސާފުވުމަށްވުރެ މާ ނުރައްކާތެރި އެއްޗެކެވެ. ޖަންގަލީގައި ރޯވާ އަލިފާނުގެ ވިހަ ދުން ސިޓީތަކާ ހަމައަށް ފޯރާއިރު، އޭގެ ވިހަގަދަކަން އާދައިގެ ކުނިބުންޏާއި ދުމަށްވުރެ ފަސް ގުނަ އިތުރުވެގެންދެއެވެ.

    ޑރ. ބެރީ ވިދާޅުވި ގޮތުގައި، މިފަދަ ވިހަ ދުމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމާއި، ހިތުގެ ވިންދު އަވަސްވުމާއި، ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ގޯސްވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. މިއީ ހިތުގެ ބަލިތައް ހުންނަ މީހުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

    ]]>
    Sat, 18 Jul 2026 22:13:16 +0500 ނިއުސް ޑެސްކް
    ގެއެއްގެ ތެރޭގައި އެއް އާއިލާއެއްގެ ފަސް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ https://heerasnews.com/4410 https://heerasnews.com/4410 އިންޑިއާގެ ޗައްތީސްގަޅުގައި ކުއްޔަށް ހިފައިގެން ބަޔަކު ދިރިއުޅޭ ގެއެއްގެ ތެރެއިން، ދެ ކުޑަކުދިން ހިމެނޭހެން އެއް އާއިލާއެއްގެ ފަސް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ އާއިލާގެ މެންބަރުން މަރާލުމަށްފަހު، އެކަން ކުރި ފަރާތުން އަމިއްލައަށް މަރުވި ހާދިސާއެކެވެ.

    ހާދިސާގައި މަރުވެފައިވަނީ އުމުރުން 50 އަހަރުގެ ސާޖިދު އަލީ (ސައްޖު) އާއި، އޭނާގެ އަންހެނުން ރާބިއާ ބާނޯ (45 އަހަރު) އާއި، 20 އަހަރުގެ ދަރިފުޅު އިރުޝާދު އަލީގެ އިތުރުން ކުޑަ ދެ އަންހެން ދަރިންނެވެ. ފުލުހުން ބުނާ ގޮތުގައި، ސާޖިދު އޭނާގެ އަންހެނުންނާއި ދަރިންނަށް ޒަހަރު ދީ މަރާލުމަށްފަހު، އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބެލެވެއެވެ.

    ރައިޕޫރުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި މި ގެއިން މަރުވެފައިވާ މީހުން ފެނުނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ އާއިލާގެ މީހުންނަށް ފޯނުން ގުޅައިގެން ހަބަރެއް ނުވުމާއި، ބަންދުކޮށްފައި ހުރި އެ ގެއިން ނުބައި ވަހެއް ދުވާތީ އަވަށްޓެރިންނާއި ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދިނެވެ. ފުލުހުން ގޮސް ދޮރު ވައްޓާލައިގެން އެތެރެއަށް ވަންއިރު، ސާޖިދު ފެނުނީ ސީލިންގުގައި ދަންޖެހިފައި ހުއްޓައެވެ. އަދި އޭނާގެ އަންހެނުންނާއި ތިން ދަރިންގެ ހަށިގަނޑު ފެނުނީ ގޭގެ ތަޅުންގަނޑުމަތީގައި އޮއްވައެވެ.

    ތަހުގީގުގެ ފުރަތަމަ ހޯދުންތަކުން އެނގޭ ގޮތުގައި، މި އާއިލާއަކީ އެ ގޭގައި ދިރިއުޅޭތާ އަށް މަސްވެފައިވާ ބައެކެވެ. އެމީހުން އެންމެ ފަހުން ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ހުކުރު ދުވަސް އެއްކޮށް އެ ގެ ބަންދުކޮށްފައި ހުރުމުން، އެ ގޭގައި ދިރިއުޅޭ އެހެން ކުއްޔަށް އުޅޭ މީހަކު ގޭގެ ވެރިފަރާތަށް އެކަން އެންގިއެވެ.

    ފުލުހުން ތުހުމަތުކުރާ ގޮތުގައި، އާއިލާގެ މެންބަރުންނަށް ކާންދިން އެއްޗަކަށް ޒަހަރު އެއްކޮށްފައި ހުރެދާނެއެވެ. ނަމަވެސް، މަރުވި ސީދާ ސަބަބު ކަށަވަރުވާނީ ޕޯސްޓްމޯޓަމް ރިޕޯޓާއި ފޮރެންސިކް ތަހުލީލުތަކަށް ފަހު ކަމަށް ފުލުހުން ބުނެއެވެ. ސީނިއާ ފުލުހުންނާއި ފޮރެންސިކް ޓީމަކުން މިހާރު ދަނީ އެ ސަރަހައްދު ބަލައި ފާސްކޮށް، އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

                        

    ]]>
    Sat, 18 Jul 2026 12:39:34 +0500 ނިއުސް ޑެސްކް
    ބަނޑުހައިހޫނުކަމުގާ ހުންނަތާ 20 ދުވަސް: ހަޅުތާލު ހުއްޓާލުމެއްނެތް https://heerasnews.com/4408 https://heerasnews.com/4408 އިންޑިއާގެ މަޝްހޫރު އެކްޓިވިސްޓް އަދި ތަޢުލީމީ ދާއިރާގެ އިސް ބޭފުޅެއް ކަމަށްވާ ސޯނަމް ވަންގްޗުކް، އޭނާ ކުރިއަށްގެންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ ނަމަވެސް، އެކަމަށް އޭނާ އިންކާރުކޮށްފިއެވެ.

    އުމުރުން 59 އަހަރުގެ ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނަތާ މިއަދަށް 20 ދުވަސް ވެފައިވާއިރު، އޭނާ ކެއުމުގެ ބަދަލުގައި ބޭނުންކުރަނީ ހަމައެކަނި ލޮނާއި ފެނެވެ. މިކަމުގެ ސަބަބުން އޭނާގެ ބަރުދަނުން 9 ކިލޯއަށްވުރެ ބޮޑަށް ވަނީ ލުއިވެފައެވެ.

    "ބޭރުފުށުން އަހަރެން ވަނީ ބަލިކަށިވެފައި، އެކަމަކު އެތެރެހަށިން އަހަރެން މިއީ ވަރަށް ވަރުގަދަ މީހެއް،" ދިއްލީގެ ޖަންތަރް މަންތަރްގައި އެއްވެފައި ތިބި މީހުންނާ މުހާތަބު ކުރަމުން ވަންގްޗުކް ބުންޏެވެ. އޭނާގެ މި ވާހަކަތަކާއެކު އެތަނަށް އެއްވެ ތިބި މީހުން ވަނީ ވަރަށް ބޮޑަށް އަތްޖަހައި ހިތްވަރު ދީފައެވެ.

    ވަންގްޗުކް މި ހަޅުތާލު ކުރިއަށްގެންދަނީ ތައުލީމީ ދާއިރާއަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލައި އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) އަށް ތާއީދުކުރުމުގެ ގޮތުންނެވެ.

    ހުކުރު ދުވަހު ސީ.ޖޭ.ޕީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ވަންގްޗުކް މީހުންނާ ވާހަކަދައްކާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި މައިކުން ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑު ހުރީ ވަރަށް ބަލިކޮށެވެ.

    އަންނަ ހޯމަ ދުވަހު ސީ.ޖޭ.ޕީން ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖުގެ ހިނގާލުމުގައި ބައިވެރިވުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.

    "އަހަރެމެން އެންމެން އެކުގައި ސުލްހަވެރިކަމާއެކު ޕާލަމެންޓާ ހަމައަށް ހިނގާފައި ގޮސް، ޑިމޮކްރަސީގެ ނަމުގައި އަހަރެމެންގެ ޝަކުވާތައް ހުށަހަޅާނަން،" އޭނާ ބުންޏެވެ.

    މީގެ އިތުރުން ވަންގްޗުކް ސަމާސާ ރާގަކަށް ބުނީ، އެ ހިނގާލުން ބޭއްވުމުގެ ކުރިން އޭނާ މަރުވި ނަމަވެސް، އޭނާގެ "ފުރާނަ" އެ ހިނގާލުމުގައި ބައިވެރިވާނެ ކަމަށެވެ.

    މި މުޒާހަރާގެ ބައިވެރިން އެދެމުންދަނީ އިންޑިއާގެ ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން އިސްތިޢުފާ ދެއްވުމަށެވެ. އެއީ މެޑިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ބޭއްވި މުހިންމު އިމްތިޙާނެއްގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން، މެއި މަހުގެ ކުރީކޮޅު އެ އިމްތިޙާން ކެންސަލްކުރަން ޖެހުމުންނެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މިކަމުގެ އަހުލާގީ ޒިންމާ ވަޒީރު އުފުއްލަވައި މަގާމުން ވަކިވާންޖެހެއެވެ.

    ނަމަވެސް ވަޒީރު ޕްރަދާން ވަނީ ސީ.ޖޭ.ޕީ އާއި އެ ޕާޓީއަށް ތާއީދުކުރާ މީހުންނަކީ ގައުމު ހަލަބޮލިކުރަން އުޅޭ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިހާތަނަށް މުޒާހަރާގެ ބައިވެރިންނާ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ.

    އެހެންނަމަވެސް، އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުން ދަނީ މުޒާހަރާގެ ބައިވެރިންނާ ވާހަކަދެއްކުމަށް ސަރުކާރަށް ބާރުއަޅަމުންނެވެ.

    ބުރާސްފަތި ދުވަހު ދިއްލީގެ ކުރީގެ މުދީރު އަދި އާމް އާދްމީ ޕާޓީ (އޭ.އޭ.ޕީ) ގެ ލީޑަރު އަރުވިންދު ކެޖްރިވާލް ވަނީ ވަންގްޗުކްގެ ގާތަށް ޒިޔާރަތްކުރައްވާފައެވެ. ކެޖްރިވާލް ވަނީ ކޮންމެ އަހަރަކުވެސް އިމްތިޙާން ކަރުދާސްތައް ލީކުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުންނާއި ވަންގްޗުކްގެ އަޑު އެހުމަށް ސަރުކާރަށް ގޮވާލާފައެވެ. އޭނާ އިތުރަށް ވިދާޅުވީ ޕްރަދާން މަގާމުން ވަކިކޮށް، އެ މަގާމަށް ވަންގްޗުކް އައްޔަންކުރަން ޖެހޭ ކަމަށެވެ.

    ޖައްމޫ އެންޑް ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުއްލާ ވިދާޅުވީ، ސިޔާސީ ކަންކަމުގެ އިތުރުން އިންސާނިއްޔަތުކަމަށްވެސް ޖާގަ އޮންނަންޖެހޭނެ ކަމަށެވެ. އަދި ވަންގްޗުކްގެ ހުށަހެޅުންތަކަކީ "ސައްހަ" ހުށަހެޅުންތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ދިއްލީގެ ހައިކޯޓުން ވަނީ މި މައްސަލައިގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ. އަދި ވަންގްޗުކްގެ ސިއްހީ ހާލަތު ގަވާއިދުން ބަލައި، ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ސަރުކާރުގެ ތިން ހޮސްޕިޓަލަކުން ދަނީ ދުވާލަކު ދެ ފަހަރު އޭނާގެ ސިއްހީ ހާލަތު ބަލަމުންނެވެ.

    ]]>
    Sat, 18 Jul 2026 04:05:02 +0500 ނިއުސް ޑެސްކް
    މުޅިޓީމު އޮތީ އެންމެ ކުޅުންތެރިއަކު އެ މީހުން ސަލާމަތް ކުރާނެކަމަށް: ޒިދާން https://heerasnews.com/4399 https://heerasnews.com/4399 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ސްޕެއިން އަތުން 2-0 އިން ބަލިވެ، ފްރާންސް ކަޓައިގެން ދިއުމާ ގުޅިގެން ޒައިނުއްދީން ޒިދާނު އެކަން ސިފަކުރާގޮތް ބަލާލުމަކީ މުހިންމުކަމެކެވެ. ޒިދާނަކީ ފްރާންސްގެ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ ކުޅަދާނަ އަދި އެހާމެ މަޝްހޫރު ތަރިއެކެވެ. ދުނިޔޭގެ އެންނެ މޮޅުކުޅުން ތެރިންގެ ތެރެއިންވެސް މޮޅުކުޅުން ތެރިއެކެވެ.

    "މިއީ ލަދުވެތި ނަތީޖާއެއް. ފްރާންސް ޓީމުގައި މިހާރު ތިބި ހުނަރުވެރި ކުޅުންތެރިންނަށް ބަލާއިރު، މިގޮތަށް މުބާރާތުން ވަކިވާންޖެހޭ އެއްވެސް އުޒުރެއް ނެތް." ކަމަށް ޒިދާނު ގަބޫލުކުރެއެވެ. ވަރަށް ބޮޑަށް މޮޅުވާން ބޭނުންވެފައި ތިބި ތަން ސްޕެއިނުން ފެނުކަމަށާއި އެމީހުން މާ ހިތްވަރާއެކު މަސައްކަތްކޮށް، މާ ބޮޑަށް ބުއްދީގެ ބޭނުން ހިފައިގެން ކުޅުނު ކަމަށް ޒިދާނު ބުންޏެވެ. ޒިދާން ބުނީ "ފްރާންސްގެ ކުޅުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫން" ކަމަށެވެ.

    ފްރާންސްގެ ސްކޮޑުގައި ހުރި ފެންވަރާ ބެހޭގޮތުން މީހުން ދައްކާ ވާހަކަ އަޑުއަހާ އަހާ މިހާރު ފޫހިވެއްޖެ ކަމަށް ބުނަމުން ޒިދާން ބުނީ އެންމެ މުހިންމު ވަގުތުގައި ކުޅުންތެރިންގެ ކިބައިން ހިތްވަރާއި ފަންވަރު ނުފެންނަނަމަ، އެ ފެންވަރުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

    ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަކީ މޮޅެތި ކުޅުންތެރިން އެމީހުންގެ ހަގީގީ ފެންވަރު ސާބިތު ކޮށްދޭން ޖެހޭ ވަގުތު ކަމަށާއި ފިލަންވީ ވަގުތެއް ނޫން ކަމަށް ޒިދާނު ބުންޏެވެ.

    ސްޕެއިން މެޗުގެ ކޮންޓްރޯލް އަތުލީ ފްރާންސުން އެ ފުރުސަތު އެ މީހުންނަށް ދިނުމުން ކަމަށާއި މެޗުގެ ކުރިމަތިލުންތަކުގައި ފްރާންސް މާ ބޮޑަށް ބަލިކަން ޒިދާނު ފާހަގަކުރިއެވެ. މާ ފަސޭހައިން ބޯޅަ ގެއްލުވާލިކަމަށް ބުނަމުން ޒިދާން ބުނީ މުޅި ޓީމު އޮތީ އެންމެ ކުޅުންތެރިއަކު އެމީހުން ސަލާމަތްކުރާނެ ކަމުގެ އިންތިޒާރުގައި ކަހަލަ ގޮތަކަށް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ފަދަ ވިސްނުމެއް ނޫން ކަމަށް ޒިދާނު ބުނެއެވެ.

    "ފްރާންސްގެ ގައުމީ ޖާޒީގައި ކުޅޭއިރު، ތަމްސީލުކުރަނީ މުޅި ގައުމު. މިރޭ ވަރަށް ގިނަ ކުޅުންތެރިން އެ ޒިންމާ އަދާކުރުމުގައި ފެއިލްވެއްޖެ. ކުޅުމުގައި އެއްވެސް އަވަސްކަމެއް ނެތް، އެކަށީގެންވާ ވަރުގަދަ ސަހުސިއްޔަތެއް ނުފެނުނު، އަދި ބޭނުންވާ މިންވަރާ ގާތަށްވެސް ހިތްވަރެއް ނުދެއްކި" ޒިދާނު އަސަރާއެކު ބުންޏެވެ.

    ނަސީބު ދެރައީއޭ ކިޔައިގެން ޝަކުވާ ނުކުރުމަށާއި ރެފްރީއަކަށް ނުވަތަ ޓެކްޓިކްސްއަކަށްވެސް ބަދުނާމު ނާޅުވާ، ކޮންމެ ކުޅުންތެރިއަކު އެމީހެއްގެ އަމިއްލަ ނަފްސަށް ޒިންމާ ނަގަން ޖެހޭކަމަށް ޒިދާނު ބުނެއެވެ. ސްޕެއިން ފައިނަލަށް ދާން ހައްގުވީ އެމީހުން މާ މޮޅަށް ކުޅުނީތީ ކަމަށް ޒިދާނު ގަބޫލުކުރެއެވެ.

    ޒިދާނު ބުނިގޮތުގައި މި ބަލިވުމުގެ އިހުސާސް ކޮންމެ ކުޅުންތެރިއަކަށްވެސް ކުރެވެންޖެހޭނެއެވެ. ސަބަބަކީ އެމީހުން އެ ބޭކާރުކޮށްލީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. މި ފެންވަރުގައި ހަމައެކަނި ހުނަރުން ވޯލްޑް ކަޕެއް ކާމިޔާބެއް ނުކުރެވޭނެއެވެ. ކާމިޔާބު ލިބޭނީ ސާބިތުކަމާއި ވަރުގަދަ އަޒުމެއް އޮވެގެންނެވެ. ޒިދާނު ގަބޫލުކުރާ ގޮތުގައި މި ފަހަރު ސްޕެއިން އެކަން ދައްކައިފިއެވެ. އެކަމަކު ފްރާންސަކަށް އެކަމެއް ނުވިއެވެ. 

    ]]>
    Wed, 15 Jul 2026 13:15:53 +0500 ނިއުސް ޑެސްކް
    ކެތަން މަރާލީ ރާޖާ މަރާލުމުގައި ހެދުނު ގޯސްތައް ދެނެގަތުމަށްފަހު https://heerasnews.com/4393 https://heerasnews.com/4393 ޕޫނޭގެ ވިޔަފާރިވެރިއެއް ކަމަށްވާ ކެތަން އަގަރްވާލް މަރާލި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން ތުހުމަތު ކުރާ ގޮތުގައި، އެކަން ރޭވި ސިޔާ ގޯޔަލް ވަނީ މީގެ ކުރިން މޭގަލަޔާގައި ހިނގި "ހަނީމޫން މާޑަރ" ކޭސް ވަރަށް ގާތުން ބަލައި، އޭގެ އެހީގައި އޭނާގެ ވާންއުޅޭ ފިރިމީހާ މަރާލުމުގެ ރޭވުންތައް ފުރިހަމަކޮށްފައެވެ.

    ކެތަން އަގަރްވާލް އާއި ރާޖާ ރަގުވަންޝީގެ މަރުގެ ހާދިސާގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ. މި ދެ ހާދިސާގައިވެސް މަރުވި މީހުން ވައްޓާލާފައި ވަނީ ފަރުބަދަމަތީގެ އުސް ހިސާބަކުން ތިރިއަށެވެ. ނަމަވެސް، ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ސިޔާ ގޯޔަލް އާއި އޭނާއަށް އެހީތެރިވި ޗޭތަން ޗައުދަރީ ވަނީ ސޯނަމް ރަގުވަންޝީގެ މައްސަލައިގައި ހެދުނު ގޯސްތަކުން އިބުރަތް ހާސިލްކޮށްފައެވެ. މި ދެމީހުން ވަނީ ކުށުން ބަރީއަވުމަށް ވަރުގަދަ އުޒުރުތަކެއް ދައްކައި، ވަރަށް ފަރުވާތެރިކަމާއެކު މި ޖަރީމާ ހިންގާފައެވެ. މީގެ ސަބަބުން ތަހުގީގަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

    ތަހުގީގުގައި ބައިވެރިވި އޮފިސަރަކު ވިދާޅުވި ގޮތުގައި، މި މަރު ހިންގާފައިވަނީ ސިޔާ ރޭވި ގޮތަށް އެއްވެސް ބަދަލެއް ނައިސް ސީދާ އެގޮތަށެވެ. މިއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި ކުށެއްތޯ ސުވާލުކުރުމުން އޮފިސަރު ވިދާޅުވީ، މިއީ އަމިއްލަ ގުޅުންތަކާއި އޭނާގެ ވިސްނުން ހުރިގޮތުން، މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ މިއީ ކަމަށް ގަބޫލުކުރެވިގެން ކުރި ކަމެއް ކަމަށެވެ. މީގެ އިތުރުން އާއިލާތަކުގެ މެދުގައި އޮތް މުއާމަލާތްތަކާއި އިޖުތިމާއީ ގަބޫލުކުރުންތަކަކީވެސް މިކަމަށް މަގުފަހިވި ސަބަބުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

    ފުލުހުން ބުނާ ގޮތުގައި، ސިޔާ އާއި ޗޭތަންއާ ސުވާލުކުރެވުނު އިރު، ކެތަންގެ މަރާމެދު އެއްވެސް ވަރެއްގެ ދެރަވުމެއް ނުވަތަ ހިތާމައެއް އެމީހުން ފާޅެއް ނުކުރެއެވެ. ތަހުގީގުން ހާމަވާ ގޮތުގައި، ކެތަން ފަރުބަދަމަތިން ތިރިއަށް ވައްޓާލާފައިވަނީ ދެމީހުން އެކުވެގެންނެވެ. އެއީ އެކަނި އެކަން ކުރަން އުޅެފިނަމަ ކެތަން ތިރިއަށް ނުވެއްޓިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

    މައްސަލައިގައި ޑިޖިޓަލް ހެކިތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސިޔާގެ ފޯނުގެ ބްރައުޒިން ހިސްޓްރީން ފެނުނު ގޮތުގައި، އޭނާ ވަނީ މޭގަލަޔާގައި ހިނގި ރާޖާ ރަގުވަންޝީގެ މަރުގެ މައުލޫމާތު ހޯދާފައެވެ. މީގެ އިތުރުން، ފުލުހުންގެ ބަންދުގައި ތިބޭއިރު އަންހެނުންނަށް އަނިޔާ ކުރޭތޯއާއި، އަންހެން ކުށްވެރިންނަށް ލިބިދޭ ގާނޫނީ ހައްގުތަކަކީ ކޮބައިތޯވެސް އޭނާ އިންޓަނެޓުން ހޯދާފައިވެއެވެ. ސިޔާގެ ގެއިން ފެނުނު އިތުރު ފޯނެއް މިހާރު ވަނީ ފޮރެންސިކް ތަހުގީގަށް ފޮނުވާފައެވެ.

    މި ހާދިސާއާ ގުޅިގެން ރާޖާ ރަގުވަންޝީގެ މަންމަ، އުމާ ރަގުވަންޝީ ބުނީ، ކެތަންގެ މަރުގެ ހާދިސާއިން އޭނާގެ ދަރިފުޅުގެ މަރު ހަނދާންވެގެން ދިޔަ ކަމަށެވެ.

    23 މޭ 2025 ގައި، އިންޑޯރަށް ނިސްބަތްވާ އަލަތު ކައިވެނިކޮށްގެން އުޅުނު ރާޖާ އާއި ސޯނަމް މޭގަލަޔާއަށް ހަނީމޫނަށް ގޮސް އުޅެނިކޮށް ގެއްލުނެވެ. ރާޖާގެ ހަށިގަނޑު ފެނުނީ ޖޫން މަހުގެ 2 ވަނަ ދުވަހު ފުން އަޑިގަނޑަކުންނެވެ. މޭގަލަޔާ ފުލުހުން މިހާރު ދަނީ ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައިގެން އެ މައްސަލަ ބަލަމުންނެވެ.

    ]]>
    Tue, 14 Jul 2026 00:37:18 +0500 ނިއުސް ޑެސްކް
    ޓެލާ&ޖޯއި ގެ ލަކީ: 7 އެޕިސޯޑްގެ ކްރައިމް ތުރިއްލާ ރިލީސްކޮށްފި https://heerasnews.com/4392 https://heerasnews.com/4392 މަޝްހޫރު ބަތަލާ އާންޔާ ޓޭލާ-ޖޯއި މި ދުވަސްވަރު ފެންނަނީ އޭނާއަށް އާ މާހައުލަކުންނެއް ނޫނެވެ. އެއީ ހަނަފަސް ސަހަރާއެއްގެ ތެރޭގައި ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާ މަންޒަރެވެ.

    މީގެ ކުރިން "ފިއުރިއޯސާ" އަދި ކުރިއަށް އޮތް "ޑޫން: ޕާޓް ތްރީ" އިން އޭނާ ފެނިގެންދިޔައީ މިފަދަ މާހައުލަކުންނެވެ. މިހާރު އޭނާ ފެންނަނީ އެޕަލް ޓީވީގެ ކްރައިމް ތުރިއްލާ "ލަކީ" އިންނެވެ. ކެލިފޯނިއާގެ ގަދަ އަވީގައި ކުޅެފައިވާ މި ސިލްސިލާގައި، އޭނާގެ ހިތްގައިމު ސޫރަ ލެއިން ތަތްތެޅިގެންދާއިރު، ނުލަފާ މީހުންނާ ކުރިމަތިލައި ހަނގުރާމަކުރާ މަންޒަރުތައް ފެނިގެންދެއެވެ.

    "ބަލާބަލަ، މިހާރު އަހަރެން ސަހަރާގައި އުޅެވުނު އަދަދެއް ވެސް ނޭނގެ. އަހަރެންގެ ސިފަ ސަހަރާއެއްގައި އުޅޭ މަހްލޫގަކާ ނުގުޅުނަސް، އަބަދުވެސް މި ހުންނަނީ އެކަހަލަ ތަންތަނުގައި. އެކަމަކު އަހަރެން އެކަމާ ވަރަށް ގަޔާވޭ،" ޓޭލާ-ޖޯއި ބުންޏެވެ. "މީހުން ބޭނުންވަނީ އަހަރެން ތަހައްމަލުކުރާ މަންޒަރު ބަލަން، އަދި އެކަމުން ސަލާމަތްވާތަން ދެކެން. ނަސީބަކުން އަހަރެން ވެސް އެކަންކަން ކުރަން ބޭނުންވޭ."

    މަރީސާ ސްޓޭޕްލީގެ ނޮވެލްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސިލްސިލާގައި އޭނާ ކުޅެނީ މަކަރާއި ހީލަތުން ކަންކަން ކުރާ އަންހެނެއްގެ ރޯލެވެ. ހޮޓަލެއްގެ ކޮޓަރިއެއްގައި ހޭލެވޭއިރު، އޭނާއަށް އެންމެ އިތުބާރުކުރެވޭ މީހާ އޭނާއަށް ދޯކާދީފައިވާކަން އެނގުމުން، ފުރާނަ ސަލާމަތްކުރުމަށްޓަކައި ދުވަން މަޖުބޫރުވެއެވެ.

    ގެއްލިފައިވާ 10 މިލިއަން ޑޮލަރެއްގެ މައްސަލައިގައި އެފްބީއައި އާއި ނުލަފާ ގޭންގް ލީޑަރެއް ވެސް ދަނީ އޭނާ ހޯދަން މަސައްކަތް ކުރަމުންނެވެ. އޭނާގެ ބައްޕައަކީ އޭނާއަށް ކުށްކުރަން ދަސްކޮށްދިން މީހާ ނަމަވެސް، މިހާރު ޖަލުގައި ހުރުމުގެ ސަބަބުން އެހީތެރިވެވެނީ ހަމައެކަނި ފޯނުން ދޭ އިރުޝާދުތަކުންނެވެ.

    އެގްޒެކެޓިވް ޕްރޮޑިއުސަރު ލޯރެން ނިއުސްޓެޑްޓާ ބުނި ގޮތުގައި، މި ސިލްސިލާ ފެށޭއިރު "ލަކީ" ހުރީ އޭނާގެ ހަޔާތުގެ މުހިންމު ނިންމުމެއް ނިންމަން ޖެހިފައިވާ ހިސާބެއްގައެވެ. އަމިއްލަ މުސްތަގުބަލު ބައްޓަންކޮށް، ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތް އޭނާ އަމިއްލައަށް ނިންމަން ޖެހެއެވެ.

    ހަތް އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާ ބުދަ ދުވަހު ދައްކަން ފަށާފައިވާއިރު، ފުރަތަމަ އެޕިސޯޑުގައި ވެސް ކާރެއްގެ ޑިިކީ ތެރެއިން ސަލާމަތްވާން އޭނާ ކުރާ މަސައްކަތާއި، ނުލަފާ މީހެއްގެ ކަރަށް އިސްކުރު އަނބުރާ ކަށި (ސްކްރޫޑްރައިވަރު) ހަރާލައި، ސަހަރާގެ ތެރޭގައި އެކަނިވާ މަންޒަރު ފެނެއެވެ. "މިހާ ކުޑަކުޑަ އަންހެން ކުއްޖަކު މިހާ ބޮޑު މުސީބާތަކަށް ވީ ކިހިނެއް؟" އެކަކު ސުވާލުކުރާ އަޑު އިވެއެވެ.

    ނިއުސްޓެޑްޓާ އިތުރަށް ބުނި ގޮތުގައި، މި ސިލްސިލާގައި ލަކީގެ ޝަހުސިއްޔަތު ބަދަލުވަމުންދާ ގޮތް ފެނިގެންދާނެއެވެ. މަކަރު ހެދުމުން ފެށިގެން، އޭނާގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތަކީ މި ސިލްސިލާގެ އެންމެ ހާއްސަ އެއް ސިފައެވެ.

    މި ސިލްސިލާގައި އާންޔާގެ އިތުރުން އެނެޓް ބެނިންގް، ޑްރޫ ސްޓާކީ އަދި ޓިމޮތީ އޮލިފަންޓް ފެނިގެންދެއެވެ. މި ސިލްސިލާގެ މިއުޒިކަކީ ވެސް އަންހެން ފަންނާނުންގެ ހުށަހެޅުންތަކުން ފުރިގެންވާ ހިތްގައިމު މަސައްކަތެކެވެ.

    ބެނިންގް ކުޅެނީ ވަރުގަދަ ގޭންގް ލީޑަރެއްގެ ރޯލެވެ. އޭނާގެ ރޯލަކީ އަމިއްލަ ދަރިފުޅު ސަލާމަތްކުރުމާއި، ކުރީގެ ލޯބިވެރިޔާ އަދި ނުލަފާ ބޮސްއާ ދެމެދު ތާށިވެފައިވާ މީހެއްގެ ރޯލެވެ. އޭނާގެ ކެރެކްޓަރަކީ އަނިޔާ ލިބިފައިވާ، އަދި ހަމައެހެންމެ އަނިޔާވެރި މީހެއްގެ ސިފަތައް އެކުލެވޭ ރޯލެކެވެ.

    ރީސް ވިދަރސްޕޫންގެ "ހެލޯ ސަންޝައިން" ކުންފުނިން އާންޔާއަށް މި ފުރުސަތު ހުށަހެޅީ ހަމައެކަނި ބަތަލާއެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ ފުރަތަމަ "އެގްޒެކެޓިވް ޕްރޮޑިއުސަރު" ގެ މަގާމު ވެސް މި ސިލްސިލާއިން ވަނީ އޭނާއަށް ދީފައެވެ. އާންޔާ ބުނި ގޮތުގައި، މި ވާހަކައަށް އޭނާގެ ހިތް ލެނބި، މި މަޝްރޫއުގައި ޕްރޮޑިއުސަރެއްގެ ގޮތުން ހިއްސާވުމަކީ އޭނާ ވަރަށް ބޭނުންވި ކަމެކެވެ.

    ޖޮނަތަން ޓްރޮޕާ އާއި ކެސީ ޕެޕަސް އުފައްދާފައިވާ މި ސިލްސިލާއަކީ ކްރައިމް ތުރިލާއެއް ނަމަވެސް، މީގެ މައިގަނޑު އަސާސަކީ އާއިލީ ގުޅުމެވެ. އާއިލީ ތަރުބިއްޔަތުގެ ސަބަބުން އިންސާނާގެ މުސްތަގުބަލަށް ކުރާ އަސަރާއި، އެ މަގު ބަދަލުކޮށް އާ ހަޔާތެއް ފެށުމަށް ކުރާ މަސައްކަތް މީގައި ދައްކުވައިދެއެވެ.

    ލަކީ ބޮޑުވީ އޭނާގެ ބައްޕައާ އެކު މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގައެވެ. ނަމަވެސް، މިހާރު އޭނާ ބޭނުންވަނީ އެ ހުނަރުތަކުގެ ބޭނުންކޮށްގެން އަމިއްލަ ފުރާނަ ސަލާމަތްކޮށް، ރަނގަޅު ދިރިއުޅުމެއް ހޯދުމަށެވެ.

    ޓޭލާ-ޖޯއި ބުނި ގޮތުގައި، ކެމެރާގެ ކުރިމަތީގައި ނުރައްކާތަކާ ކުރިމަތިލުމުގެ އިތުރުން، ކެމެރާގެ ފުރަގަހުގައި ކާސްޓުން ހޮވުމާއި ސިލްސިލާގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. "އަހަރެމެން މި މަސައްކަތް ކުރީ ވަރަށް އުފަލާއެކު. އެކަން ސިލްސިލާ ބަލާއިރު އިހުސާސް ކުރެވޭނެ،" ހިނިތުންވުމާއެކު އޭނާ ބުންޏެވެ.

    ]]>
    Mon, 13 Jul 2026 23:35:58 +0500 ނިއުސް ޑެސްކް
    އަނބިމީހާ މަރާލި އިންޖިނޭރު 8 މަސް ފަހުން ޖަލަށް https://heerasnews.com/4379 https://heerasnews.com/4379 އެމެރިކާގެ ވޮޝިންގްޓަންގައި ދިރިއުޅެމުންދިޔަ އުމުރުން 30 އަހަރުގެ އިންޑިއާގެ އިންޖިނިއަރަކު، އޭނާގެ އަންހެނުން މަރާލިކަމުގެ ދައުވާ އުފުލައި ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ ނުވަ މަސް ކުރިން ކަމަށްވާއިރު، ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ ވަނީ އަންހެނުންގެ ކަރުގައި ހިފާ މަރާލުމަށްފަހު، އެއީ ގުދުރަތީ މަރެއްކަން ދެއްކުމަށްޓަކައި ކުށުގެ ވެށި ބަދަލުކޮށްފައެވެ.

    އިންޑިއާގެ ޓެލަންގާނާއަށް ނިސްބަތްވާ ސޮފްޓްވެއަރ އިންޖިނިއަރު އަވިނާޝް ނާރްނޭގެ އަންހެނުން، އުމުރުން 27 އަހަރުގެ ރާޖިތާ ސައްބިނޭނީ މަރުވެފައި އޮއްވާ ފެނުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ފުލުހުން ކުރި ފުޅާ ދިރާސާތަކުން އެނގުނު ގޮތުގައި، އަވިނާޝް މި މަރު ހިންގާފައިވަނީ ދުރާލައި ރާވައިގެންނެވެ. އަދި އޭނާ އިންޑިއާގެ އެހެން އަންހެނަކާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވަމުންދިޔަ ކަމުގެ ހެކިވެސް ވަނީ ފެނިފައެވެ.

    ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ރާޖިތާ މަރުވިތާ އެއްދުވަސް ފަހުން، އޭނާގެ ހަށިގަނޑުގެ ފޮޓޯއެއް އަވިނާޝް އޭނާގެ ލޯބިވެރިޔާއަށް ފޮނުވި ކަމަށް އަމިއްލައަށް ވަނީ އިއުތިރާފުވެފައެވެ. މިހާރު އޭނާ ހުރީ 5 މިލިއަން އެމެރިކާ ޑޮލަރުގެ ކަފާލާތެއްގެ ދަށުން ބަންދުގައެވެ. ކުށް ސާބިތުވެއްޖެނަމަ، ވޮޝިންގްޓަންގެ ގާނޫނުގެ ދަށުން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

    ފާހާނާ ތެރެއިން ފެނުނު ހަށިގަނޑު

    އޮކްޓޯބަރު މަހުގެ ރޭގަނޑެއްގައި ބެލްވިއު ފުލުހުންނަށް ރިޕޯޓް ލިބުނީ، އަންހެނަކު ފާހާނާގައި ތަޅުލައިގެން އުޅޭ ކަމަށާއި އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. ފުލުހުން ގޮސް ފާހާނާގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، ރާޖިތާ އޮތީ ބިމަށް ވެއްޓިފައެވެ. އޭނާ މަރުވެފައިވާކަން އެތަނުން ކަށަވަރުވިއިރު، އެމީހުން ކައިވެނި ކުރިތާ އޭރު ވީ އެންމެ ހަ މަސް ދުވަހެވެ.

    ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކި ގޮތުގައި ރާޖިތާ މަރުވީ ކަރުގައި ހިފުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ. އެއާއެކު މި މައްސަލައަކީ ގަސްތުގައި މީހަކު މަރާލުމުގެ މައްސަލައެއްގެ ގޮތުގައި ފުލުހުން ކަނޑައެޅިއެވެ.

    ތަހުގީގުގެ ތެރޭގައި އަވިނާޝް ބުނެފައިވަނީ، އަންހެނުން މަރުވި ދުވަހު އޭނާ ބޭރަށް ދިޔައީ ބައެއް ކަންކަން ނިންމާލުމަށް ކަމަށާއި، އެނބުރި އައިއިރު ފާހާނާ ހުރީ ތަޅުލާފައި ކަމަށެވެ. އެހެންނަމަވެސް، އެޕާޓްމަންޓްގެ ސެކިއުރިޓީ ސިސްޓަމާއި ސްމާޓް ލޮކްގެ ރެކޯޑްތަކުން އެނގުނު ގޮތުގައި، އަވިނާޝް ބޭރުގައި އުޅުނު ވަގުތު އެއްވެސް އިތުރު މީހަކު އެ ގެއަށް ވަދެފައެއް ނުވެއެވެ.

    ފަޅާއެރި ސިއްރު ގުޅުން

    ފުލުހުން އަވިނާޝްގެ ފޯނާއި މުއާމަލާތްތައް ތަހުގީގު ކުރިއިރު، އޭނާ އިންޑިއާގައި ހުރި އަންހެނަކާ ސިއްރުން ގުޅުން ބާއްވަމުންދިޔަ ކަން ފަޅާއެރިއެވެ. މި ގުޅުމަކީ ރާޖިތާއާ ކައިވެނި ކުރުމުގެ ކުރިން ފެށިގެން އޮތް ގުޅުމެއް ކަމަށާއި، އެ އަންހެން މީހާ އެދެމީހުންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވި ކަމަށްވެސް ފުލުހުން ބުނެއެވެ.

    ރާޖިތާ މަރުވި ދުވަހުވެސް އަވިނާޝް އެ އަންހެން މީހާއަށް ހަތަރު ފަހަރެއްގެ މަތިން ގުޅާފައިވެއެވެ. ތަހުގީގަށް މައުލޫމާތު ދެމުން އޭނާ ފާހާނާގެ ދޮރު ހުޅުވަން މަސައްކަތް ކުރަމުންދިޔަ ވަގުތުކަމަށް ބުނި ވަގުތަކީވެސް ސިއްރު ލޯބިވެރިޔާ އާއި ގުޅައިގެން ހުރި ވަގުތެއްކަންވެސް ތަހުގީގަށް ވަނީ ސާބިތުވެފައެވެ.  

    ހިތި ބުއިންތައް

    ތަހުގީގަށް ލިބުނު މެސެޖުތަކުން އެނގޭ ގޮތުގައި، މަރުވުމުގެ ހަފުތާތަކެއް ކުރިން ފެށިގެން ރާޖިތާ ދިޔައީ ފިރިމީހާ ތައްޔާރުކޮށްދޭ ބުއިންތަކުގައި މާބޮޑަށް ހިތި ރަހައެއް ހުންނަ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. މަރުވި ދުވަހުވެސް، އަވިނާޝް ތައްޔާރުކޮށްދިން "ސްމޫތީ" އެއްގައި ބޭސް ރަހަ ނުވަތަ ކޮފް ސިރަޕް ރަހަ ހުރި ކަމަށް އޭނާ ބުނެފައިވެއެވެ.

    ފުލުހުން އެ ގެއަށް ދިޔަ ވަގުތު، އަވިނާޝް ވަނީ އޭނާގެ އަންހެނުން ބަލިވެ އުޅޭ ކަމަށާއި، ކޮފް ސިރަޕް ބުއިމުގެ ސަބަބުން ހޭނެތުނީ ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައެވެ.

    އަށް މަސް ދުވަހުގެ ދިގު ތަހުގީގަކަށްފަހު، އެކަށީގެންވާ ހެކި ލިބުމުން ބެލްވިއު ފުލުހުން މިހާރު ވަނީ އަވިނާޝް ހައްޔަރުކޮށްފައެވެ. ޖުލައި 1 ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ މައްޗަށް ފުރަތަމަ ދަރަޖައިގެ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ރަސްމީކޮށް އުފުލާފައެވެ.

    ]]>
    Thu, 09 Jul 2026 05:00:30 +0500 ނިއުސް ޑެސްކް
    ވޯލްޑް ކަޕުން ވިދާލި ކާބޯ ވާޑޭ | ނުދާވަރެއް ނޫން https://heerasnews.com/4377 https://heerasnews.com/4377 އާޖެންޓީނާއާއި ދެކޮޅަށް ވަރުގަދަ ކުޅުމެއްކުޅެ 2026 ވޯލްޑް ކަޕުން ދުނިޔެއަށް މަޝްހޫރު ވެގެން ދިޔަ ކާބޯ ވަރޑޭއެެވެ. ކާބޯ ވާޑޭ ނުވަތަ ކޭޕް ވާޑް ޖަޒީރާތަކަކީ ތަބީއީ ވަސީލަތްތައް މަދު، ހަނަފަސްކަން ބޮޑު އަދި ދަނޑުވެރިކަން ކުރެވޭނެ ބިން މަދު ގައުމެއް ނަމަވެސް ފަތުރުވެރިކަމަށް ފައްކާވަމުން އަންނަ ގައުމެކެވެ. ކާބޯ ވާޑޭ އަކީ ސިޔާސީ އަދި އިގްތިސާދީ ގޮތުން ހަމަޖެހުން ގާއިމުކޮށްފައިވާ ގައުމެއްގެ ގޮތުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގައުމެކެވެ.

    ކުރިން ޕޯޗުގީޒުންގެ އިސްތިއުމާރުގެ ދަށުގައި އޮތް އެ ގައުމު އެކުލެވިގެންވަނީ ހެޔޮވަރުގެ 10 ރަށާއި ފަސް ކުޑަކުޑަ 5 ރަށުގެ މައްޗަށެވެ. މީގެ ތެރެއިން ތިން ރަށް ފިޔަވައި އެހެން ހުރިހާ ރަށަކީ ފަރުބަދަ ގިނަ ރަށްތަކެކެވެ. މި ޖަޒީރާ ގައުމު އޮންނަނީ އެފްރިކާގެ ހުޅަނގު އައްސޭރިން ގާތްގަނޑަކަށް 500 ކިލޯމީޓަރު ބޭރުގައެވެ. އެއްދުވަސްވަރެއްގައި މި ގައުމަކީ ބައިނަލްއަގުވާމީ އަޅުންގެ ވިޔަފާރީގެ މުހިންމު މަރުކަޒެކެވެ.

    20 ވަނަ ގަރުނުގެ ތެރޭގައި ކުރިމަތިވި ނުރައްކާތެރި ހަނަފަސްކަމުގެ ސަބަބުން 200000 މީހުން މަރުވެ، ގިނަ ބަޔަކު ގައުމު ދޫކޮށް ހިޖުރަކުރިއެވެ. މިއަދު އެ ގައުމުގައި ދިރިއުޅޭ މީހުންނަށްވުރެ ބޭރު ގައުމުތަކުގައި ދިރިއުޅޭ ކާބޯ ވަރޑޭގެ ދަރިކޮޅުގެ މީހުންގެ އަދަދު އިތުރެވެ. ބޭރުގައި އުޅޭ މީހުން ގައުމަށް ފޮނުވާ ފައިސާއަކީ ގައުމުގެ އިގްތިސާދަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް އޮތް މުހިންމު ވަސީލަތެކެވެ.

    ރެޕަބްލިކް އޮފް  ކާބޯ ވަރޑޭ

    މުހިންމު މައުލޫމާތު

    • ވެރިރަށް: ޕްރާޔާ
    • ބޮޑުމިން: 4,033 އަކަކިލޯމީޓަރު
    • އާބާދީ: 561900
    • ބަސް: ޕޯޗުގީޒް، ކާބޯ ވަރޑިއަން ކްރިއޯލް
    • އުމުރުގެ ނިސްބަތް: ފިރިހެނުން 69 އަހަރު، އަންހެނުން 77 އަހަރު
    • ވެރިޔާ: ރައީސް

    ހޯޒޭ މާރިއާ ނޭވޭސް

    2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ކެންޑިޑޭޓް ހޯޒޭ މާރިއާ ނޭވޭސް އެވެ. މިއާއެކު، އޭގެ ކުރިން 10 އަހަރު ވަންދެން ވެރިކަން ކުރި އެމް.ޕީ.ޑީ ޕާޓީގެ ދައުރު ނިމުމަކަށް އައެވެ.

    ރައީސް ނޭވޭސް އަކީ 2000 އިން 2016 އަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމަށްފަހު، ފަތުރުވެރިކަމަށް ބިނާވެފައިވާ އެ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖަހައި ހަމަޖެހުން ގާއިމުކުރުމެވެ.

    1975 ވަނަ އަހަރު ޕޯޗުގީޒުންގެ ކިބައިން މިނިވަންކަން ލިބުނީއްސުރެ، އެ ގައުމުގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުން އަންނަނީ ޕީ.އޭ.އައި.ސީ.ވީ އަދި އެމް.ޕީ.ޑީ ޕާޓީއެވެ. 1992 ވަނަ އަހަރު ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީ ތައާރަފުވީއްސުރެ، މި ދެ ޕާޓީ ދަނީ ބަރާބަރަށް ވެރިކަން ބަދަލުކުރަމުންނެވެ.

    މީޑިއާ

    ރިޕޯޓަރސް ވިތައުޓް ބޯޑާސް އިން ފާހަގަކުރާ ގޮތުގައި، ނޫސްވެރިންނަށް އޮތް ގާނޫނީ ރައްކާތެރިކަމުގެ ގޮތުން ކާބޯ ވަރޑޭ އަކީ އެ ސަރަހައްދުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނުއަސާސީން ވަނީ ކަށަވަރުކޮށްދީފައެވެ.

    ގައުމުގެ ގިނަ މީޑިއާތަކަކީ ދައުލަތުން ހިންގާ ވަސީލަތްތައް ނަމަވެސް، އަމިއްލަ ނޫސްތަކާއި ބްރޯޑްކާސްޓަރުން ވެސް ހަރަކާތްތެރިވެއެވެ. އެ ގައުމުގައި ފަސް ޓީވީ ނެޓްވޯކާއި ގާތްގަނޑަކަށް 10 ރޭޑިއޯ ސްޓޭޝަން ހުރެއެވެ.

    ތާރީހީ ވަގުތުރޮނގު:

    • 1462 - ޕޯޗުގީޒުން ސަންޓިއާގޯއަށް ފޭބިއެވެ. ޔޫރަޕްގެ މީހުން އައުމުގެ ކުރިން މި ޖަޒީރާތަކުގައި އެއްވެސް ބަޔަކު ދިރިއުޅެފައެއް ނުވެއެވެ. ކޭޕް ވާޑް ވެގެންދިޔައީ ދަރާއި ރަމް (ރަލުގެ ބާވަތެއް) އަދި ފޭރާން ފަދަ އަގުހެޔޮ މުދަލުގެ ވިޔަފާރިކުރާ މަރުކަޒަކަށެވެ. އަދި އެޓްލާންޓިކް ކަނޑުގެ އަޅުންގެ ވިޔަފާރީގައި މި ގައުމު މުހިންމު ދައުރެއް އަދާކުރިއެވެ.
    • 1495 - ޕޯޗުގީޒް ރަސްކަމުގެ ދަށުގައި އޮތް އިސްތިއުމާރީ ރަށަކަށް ބަދަލުވިއެވެ.
    • 1956 - ކޭޕް ވާޑްގެ ރަށްވެއްސެއް ކަމަށްވާ އަމިލްކާރު ކަބްރާލް، ގިނީ-ބިސާއޫގައި "އެފްރިކަން ޕާޓީ ފޯ އިންޑިޕެންޑެންސް އޮފް ގިނީ އެންޑް ކޭޕް ވާޑް" އުފެއްދުމުގައި ބައިވެރިވިއެވެ.
    • 1960 - ގިނީ-ބިސާއޫގައި ޕޯޗުގީޒުންގެ އިސްތިއުމާރާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމައިގައި ކޭޕް ވާޑްގެ ގިނަ ބަޔަކު ބައިވެރިވިއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ PAIGC އިންނެވެ.
    • 1975 - ކޭޕް ވާޑަށް މިނިވަންކަން ލިބި، ގިނީ-ބިސާއޫއާ އެކު އެއް ގައުމެއްގެ ގޮތުގައި އޮތުމަށް މަގުފަހިވާ ގޮތަށް ގާނޫނުއަސާސީ އެކުލަވައިލިއެވެ.
    • 1980 - ގިނީ-ބިސާއޫއަށް އައި ބަގާވާތަކާ ގުޅިގެން، އެ ގައުމާ ގުޅުމަށް ކޭޕް ވާޑުން ރޭވި ރޭވުންތައް ދޫކޮށްލިއެވެ.
    • 1981 - "އެފްރިކަން ޕާޓީ ފޯ ދަ އިންޑިޕެންޑެންސް އޮފް ކޭޕް ވާޑް" އުފެދި، އެއީ ގައުމުގެ ހަމައެކަނި ސިޔާސީ ޕާޓީ ކަމުގައި ހަމަޖެހުނެވެ.
    • 1992 - އައު ގާނޫނުއަސާސީއަކާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ތައާރަފުކުރިއެވެ.
    • 2007 - ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާ ގެ ކައުންސިލުން، އެ ޖަމްއިއްޔާގެ މެންބަރަކަށް ވުމަށް ކޭޕް ވާޑުން ހުށަހެޅި ހުށަހެޅުން ފާސްކުރިއެވެ.
    • 2013 - އެހެން ބަސްބަހުން ގައުމުގެ ނަން ބޭނުންކުރާއިރު ވެސް، ގައުމުގެ ރަސްމީ ނަމުގެ ބައެއްގެ ގޮތުގައި ޕޯޗުގީޒް ބަހުން ކިޔާ ނަން ކަމަށްވާ "ކާބޯ ވަރޑޭ" ބޭނުންކުރުމަށް އެ ގައުމުގެ ސަރުކާރުން އެދުނެވެ.    
    ]]>
    Wed, 08 Jul 2026 16:12:10 +0500 ނިއުސް ޑެސްކް
    ދުނިޔޭގައި ބޮޑެތި ކުށްކުރާ އިންޑިއާ ގްރޫޕެއްގެ ލީޑަރަކަށް ދައުވާކޮށްފި https://heerasnews.com/4374 https://heerasnews.com/4374 ކެނެޑާގެ ސިކް މުޖުތަމައުގެ އިސް ލީޑަރަކު އަވަހާރަކޮށްލި މައްސަލައާ ގުޅިގެން، ކުށްކުރާ އިންޑިއާ ގްރޫޕެއްގެ އިސްވެރިޔާއަށް ދައުވާ އުފުލާފައިވާކަން ކަމާބެހޭ އިދާރާތަކުން މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފިއެވެ. މި ހާދިސާއަކީ އޭރު ކެނެޑާ އާއި އިންޑިއާގެ ސިޔާސީ އަދި ހާރިޖީ ގުޅުމަށް ބޮޑެތި ބުރޫތަކެއް އެރި މައްސަލައެކެވެ.

    މި ދައުވާތަކަކީ އެމެރިކާ، ކެނެޑާ އަދި ޔޫރަޕްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ބައެކެވެ. މި އޮޕަރޭޝަނުގައި އިންޑިއާގެ ބައިނަލްއަގުވާމީ ޖިނާއީ ތިން ނެޓްވޯކަކަށް ނިސްބަތްވާ 37 މީހަކަށް ތުހުމަތުތައް ކޮށްފައިވެއެވެ. މި ގްރޫޕްތަކަކީ މީހުން ރަހީނުކުރުމާއި، ފޭރުމާއި، ބިރުދެއްކުމާއި، ހަތިޔާރުގެ ވަގުވިޔަފާރިއާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން މީހުން މެރުމުގެ އަމަލުތައް ހިންގާ ބައެއް ކަމަށް އެމެރިކާގެ އެޓާނީ ބިލް އެސައިލީ ވިދާޅުވިއެވެ.

    އެމެރިކާގެ އެޓާނީ ބިލް އެސައިލީ އެ ވާހަކަދެއްކެވީ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ލޮސް އެންޖެލިސް ފުލުހުންނާއި، އެފް.ބީ.އައި އަދި ކެނެޑާގެ ފުލުހުންގެ އިސް އޮފިޝަލުންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

    މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން އެމެރިކާގައި އުޅޭ 7 މީހަކާއި، އިންޑިއާގައި އުޅޭ 2 މީހަކާއި، ޔޫރަޕްގައި އުޅޭ އެކަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

    އެފް.ބީ.އައިގެ ލޮސް އެންޖެލިސް އޮފީހުގެ އެސިސްޓަންޓް ޑައިރެކްޓަރ ޕެޓްރިކް ގްރޭންޑީ ވިދާޅުވި ގޮތުގައި، މި ގްރޫޕްތަކުގެ ސަބަބުން ކެލިފޯނިއާ އާއި އެހެނިހެން ގައުމުތަކުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

    2023 ވަނަ އަހަރު ކެނެޑާގެ ފައްޅިއެއްގެ ބޭރުގައި ސިކުންގެ މިނިވަންކަމަށް މަސައްކަތްކުރާ ހަރުދީޕް ސިންގް ނިޖާރް އަވަހާރަކޮށްލުމުގެ މާސްޓަރ މައިންޑުންނަކީ އުމުރުން 33 އަހަރުގެ ލޯރެންސް ބިޝްނޯއީ އާއި އޭނާގެ ރަހުމަތްތެރިޔާ ސަޓިންދަރުޖީތު ސިންގް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

    މި ހާދިސާއާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ނިޖާރްގެ މަރާ އިންޑިއާ ސަރުކާރާ ގުޅުމެއް އޮތް ކަމުގެ "އިތުބާރު ހުރި ހެކި" ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ބިޝްނޯއީ މިހާރު ހުރީ ބަންދުގައެވެ. ނަމަވެސް ސިންގް އަދި އަތުލައިގަނެވިފައެއް ނުވެއެވެ. ބިޝްނޯއީގެ ޖަމާއަތަކީ ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށްޓަކައި ދީނީ، އިޖުތިމާއީ އަދި ސިޔާސީ އިސް ފަރާތްތަކަށް އަމާޒުކޮށް ހަމަލާދޭ ބައެއް ކަމަށް ބުނެފައިވެއެވެ.

    އުމުރުން 45 އަހަރުގައި އަވަހާރަވި ނިޖާރަކީ "ހާލިސްތާން" ގެ ނަމުގައި ސިކުންގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ހަރަކާތުގެ އިސް މެންބަރެކެވެ. އޭނާ ދިޔައީ "ސިކްސް ފޯ ޖަސްޓިސް" ޖަމާއަތާ ގުޅިގެން އެކަމާ ގުޅޭ ރެފަރެންޑަމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާގައި އުފަންވި ނަމަވެސް ކެނެޑާގެ ރައްޔިތެއްގެ ގޮތުގައި ހުރި ނިޖާރަކީ އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހޯދަމުންދިޔަ މީހެކެވެ.

    ކެނެޑާއަކީ އިންޑިއާއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ސިކުން ދިރިއުޅޭ ގައުމެވެ. ސިކުންގެ ހަރަކާތްތަކުގެ ސަބަބުން އިންޑިއާ އާއި ކެނެޑާގެ ގުޅުން ގޯސްވެފައި އޮންނާތާ އަހަރުތަކެއް ވެއްޖެއެވެ. "ޓެރަރިސްޓުންނާއި ހަރުކަށި ފިކުރުގެ މީހުންނަށް" ކެނެޑާއިން ފުރުސަތުދޭ ކަމަށް އިންޑިއާއިން ތަކުރާރުކޮށް ތުހުމަތުކުރެއެވެ. މި މައްސަލައިގެ ތެރޭގައި ދެ ގައުމުން ވެސް ވަނީ އެއް ގައުމުން އަނެއް ގައުމަށް ކަނޑައަޅާފައި ތިބި ޑިޕްލޮމެޓުން ބޭރުކޮށްލާފައެވެ.

    ދެ އަހަރު ދުވަހުގެ ތަހުގީގަށްފަހު، މިފަދަ ޖިނާއީ އަމަލުތައް ހިންގާ އިތުރު ދެ ޖަމާއަތެއްގެ ނަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ މެންބަރުން އެމެރިކާ، ނިއުޒީލަންޑް، އޮސްޓްރޭލިއާ، ޕޯޗުގަލް އަދި އިނގިރޭސިވިލާތުގައި އުޅެމުންދެއެވެ. މީގެ އިތުރުން، އެހެން ޖިނާއީ ގްރޫޕްތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަގަށް ނަގައި، އެތަކެތި އެމެރިކާ އާއި ކެނެޑާގެ އެކި ހިސާބުތަކުގައި ވިއްކާ ކަމުގެ ތުހުމަތު ވެސް މި މީހުންގެ މައްޗަށް ކުރެވެއެވެ.

    ދައުވާގެ ލިޔުންތަކުގައިވާ ގޮތުން، ތުހުމަތުކުރެވޭ ބައެއް މީހުން އިންޑިއާގެ ކޮރަޕްޓް އޮފިޝަލުންގެ ބޭނުންކޮށްގެން އެމީހުންގެ ވާދަވެރިންނަށް އަދަބުދީ، ބިރުދައްކާފައިވެއެވެ. އަދި އެކަކު އިމިގްރޭޝަން ބަންދުގައި ހުރެގެން ވެސް ޖިނާއީ އަމަލުތައް ރާވައި ހިންގާފައިވާ ކަމަށް ބުނެފައިވެއެވެ.

    ބިޝްނޯއީގެ ވަކީލެއްގެ މައުލޫމާތު އަދި ހާމަވެފައެއް ނުވެއެވެ.

    ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ ރީތި ނަމޫނާއެކެވެ.

    "އެމެރިކާ، ކެނެޑާ، ޔޫރަޕް އަދި އޭޝިއާގެ ތަންފީޒީ އިދާރާތައް ގުޅިގެން، މިފަދަ ޖިނާއީ ޖަމާއަތްތައް ހިންގާ ކޮންމެ ތަނެއްގައި ވެސް އެބައިމީހުން ހޯދައި، އެ ނެޓްވޯކްތައް ނައްތާލުމަށް އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކު،" އެސައިލީ ވިދާޅުވިއެވެ.

    ]]>
    Wed, 08 Jul 2026 11:41:00 +0500 ނިއުސް ޑެސްކް
    ދުނިޔެއަށް މިއަދު ފެންނަނީ ގާބިލުކަމެއް ނެތް އަންހެނެއް: އެމްބާޕޭ https://heerasnews.com/4371 https://heerasnews.com/4371 ޕެރަގުއޭގެ ސެނެޓަރަކު ފަރަންސޭސިވިލާތުގެ ތަރި ކިލިއަން އެމްބާޕޭގެ ނަސްލަށާއި ތައުލީމީ ފެންވަރަށް އަމާޒުކޮށް ކުރި ނަސްލީ ތަފާތުކުރުމުގެ ފުރައްސާރަތައް އެމްބާޕޭ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

    ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީއަށް ނިސްބަތްވާ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކޮށް މި މެސެޖުތައް އާންމުކުރީ ވޯލްޑް ކަޕްގެ ގަދަ 16 ގައި ފަރަންސޭސިވިލާތް އަތުން ޕެރަގުއޭ ބަލިވި މެޗަށް ފަހުގައެވެ.

    މިކަމާ ގުޅިގެން އެމްބާޕޭ ދިން ރައްދުގައި ބުނެފައިވަނީ، ސެލެސްޓޭ އަމަރިއްލާއަކީ ދަށު ދަރަޖައިގެ، އަދި އޭނާ ފުރަމުންދާ ފަދަ ޝަރަފުވެރި މަގާމަކަށް އެއްވެސް ވަރަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.

    "ކަމަނާއަކީ ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫން. އެ ގައުމުގެ ކުޅުންތެރިން މުޅި މުބާރާތުގައި ދެއްކީ ނުހަނު ފޯރިއާއި ޝަރަފުވެރި ކުޅުމެއް،" އެމްބާޕޭ ބުންޏެވެ. "ކަމަނާގެ ވިސްނުންކުޑަ އަދި ބޭއަދަބީ ނަސްލީ ތަފާތުކުރުމުގެ ސަބަބުން، ޕެރަގުއޭގެ ކުޅުންތެރިން މި ވޯލްޑް ކަޕްގައި ކުރި ތާރީހީ މަސައްކަތާއި ހޯދި ކާމިޔާބީގެ މަތިން މުޅި ދުނިޔެ މިހާރު ވަނީ ހަނދާން ނެތިފައި. އޭގެ ބަދަލުގައި މިއަދު ދުނިޔެއަށް ފެންނަނީ ގައުމުގެ އަގު ވައްޓާލާ، ގާބިލުކަމެއް ނެތް އަންހެނެއް. ކަމަނާ ފަދަ މީހުންނަށް ދުނިޔޭގައި ނަފުރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ ފުރުސަތެއް އަހަރެން ދުވަހަކުވެސް ނުދޭނަން."

    މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފޯރިގަދަ މެޗުގެ ފަހު ދެބައިގައި އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއާއެކު، ފަރަންސޭސިވިލާތް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މިހާތަނަށް ހަތް ލަނޑު ޖަހައިގެން އެމްބާޕޭ އުޅެނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައެވެ.

    ސެނެޓަރު އަމަރިއްލާގެ އިތުރުން، ޕެރަގުއޭގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު ހޯސޭ ލުއިސް ޗިލާވެޓް ވެސް ވަނީ ފަރަންސޭސި ޓީމަކީ "އެފްރިކާގެ ޓީމެއް" ކަމަށް ބުނެ ފުރައްސާރަކޮށްފައެވެ. މިކަމާ ގުޅިގެން ފަރަންސޭސި ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފިލިޕް ޑިއާލޯ ވިދާޅުވީ، ޗިލާވެޓްގެ ވާހަކަތަކަކީ ފުޓްބޯޅައިގެ ރޫހާއި، އިހުތިރާމާއި، އަދި އެކުވެރިކަމުގެ އަގުތަކާ މުޅިން ހިލާފު، ލަދުވެތި އަމަލެއް ކަމަށެވެ. އަދި ޗިލާވެޓަކީ އެއްއިރެއްގައި މޮޅު ކުޅުންތެރިއަކަށް ވިޔަސް، މިއަދު އޭނާގެ އަގު މުޅިން ވެއްޓިފައިވާ ކަމަށް ޑިއާލޯ ފާހަގަކުރެއްވިއެވެ.

    ]]>
    Tue, 07 Jul 2026 03:47:18 +0500 ނިއުސް ޑެސްކް
    ވަގުފާރިއާ ދެކޮޅަށް ހިންގި ޕަރޭޝަނެއްގައި އެއްހާސް މީހުން ހައްޔަރުކޮށްފި https://heerasnews.com/4370 https://heerasnews.com/4370 އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. ދުނިޔޭގެ 59 ގައުމެއް ހިމެނޭހެން ހިންގި މި އޮޕަރޭޝަނަކީ އިންސާނީ ވަގުފާރީގެ ނެޓްވޯކްތައް ނައްތާލުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.

    އިންޓަޕޯލްއިން އިސްނަގައިގެން "އޮޕަރޭޝަން ގްލޯބަލް ޗެއިން" ގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޖިންސީ ފުރައްސާރައާއި، މަޖުބޫރުން މަސައްކަތް ކުރުވުމާއި، ކުށްކުރުވުމުގެ އިތުރުން މަޖުބޫރުން ސަލާން ޖެއްސުވުމަށް މީހުން ބޭނުންކުރާ ނެޓްވޯކްތަކަށެވެ.

    މި އޮޕަރޭޝަނުގެ ތެރެއިން، ކެމްބޯޑިއާގައި އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތްތަކުގައި މީހުން ބޭނުން ކުރަމުންދިޔަ ނެޓްވޯކަކާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިން ހޯދައިގެން ޔޫރަޕްގައި ޖިންސީ ވިޔަފާރިކުރުވަމުންދިޔަ ނެޓްވޯކެއް ވަނީ ރޫޅާލާފައެވެ.

    ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ 2070 މީހުން ދެނެގަނެވިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 334 މީހުންނަކީ ސީދާ އިންސާނީ ވަގުފާރީގެ ކުށުގައި ހައްޔަރުކުރި މީހުންނެވެ. ބާކީ ތިބި 690 މީހުން ހައްޔަރުކޮށްފައިވަނީ އެއާ ގުޅުންހުރި އެހެނިހެން ކުށްތަކުގައެވެ.

    އިންޓަޕޯލްއާއި ޔޫރަޕްގެ ފުލުހުންގެ އިދާރާ (ޔޫރޯޕޯލް) އަދި ބޯޑަރު ބަލަހައްޓާ އެޖެންސީ (ފްރޮންޓެކްސް) ގުޅިގެން ހިންގި މި މަސައްކަތުން އެނގުނު ގޮތުގައި، އިންސާނީ ވަގުފާރި ކުރާ ފަރާތްތަކުން ދަނީ އައު މަގުތަކާއި އުކުޅުތައް ބޭނުންކުރަމުންނެވެ. ހާއްސަކޮށް، ލެޓިން އެމެރިކާގެ މީހުން ޔޫރަޕަށް ގެންގޮސް މަޖުބޫރުން މަސައްކަތް ކުރުވުމުގެ އައު އޮއިވަރެއް ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.

    މި އޮޕަރޭޝަނުގެ ތެރެއިން ކޮލަމްބިއާގައި ވަނީ ބޭރު ގައުމުތަކުން ލިބޭ އޮޅުވާލުން ބޮޑު ވަޒީފާގެ ފުރުސަތުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް އެއަރޕޯޓްތަކުގައި ފަށާފައެވެ. އަދި ކެމްބޯޑިއާއަށް ބްރެޒިލްގެ ފެޑްރަލް ފުލުހުން ފޮނުވައިގެން އޮންލައިންކޮށް މަކަރާއި ހީލަތް ހިންގުމުގައި ބޭނުން ކުރަމުންދިޔަ 406 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

    މީގެ އިތުރުން، އާޖެންޓީނާގެ ފުލުހުން ވަނީ ފިހާރައެއްގައި މަޖުބޫރުން މަސައްކަތް ކުރުވަމުންދިޔަ ބޮލީވިއާގެ ދެ ކުޑަކުދިން ސަލާމަތްކޮށްފައެވެ. އަދި ބެލްޖިއަމްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންހެނުން ހޯދައި، އެ މީހުން ބަންދުކޮށްގެން ފަރަންސޭސިވިލާތާއި ބެލްޖިއަމްގައި ހަށިވިއްކުމުގެ ވިޔަފާރިކުރުވަމުންދިޔަ 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

    ޖޫން މަހުގެ 8 އިން 12 އަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި އެފްރިކާ، އެމެރިކާ، އޭޝިއާ އަދި ޔޫރަޕްގެ 40000 ފުލުހުން ބައިވެރިވިއެވެ. މި އޮޕަރޭޝަނުން ދެއްކި ގޮތުގައި، ގިނަ މީހުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވަނީ ޖިންސީ އެދުންވެރިކަން ފުއްދުމަށެވެ.

    އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އިންސާނީ ވަގުފާރިއަކީ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ ނަފާ ހޯދާ، އިންސާނިއްޔަތާ ހިލާފު ބޮޑު ކުށެކެވެ. މިފަދަ ކުށްތަކުގެ ސަބަބުން މީހުންނަށް އުމުރަށް ދެމިގެންދާ ފަދަ ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށާއި، މިފަދަ ކުށްވެރި ނެޓްވޯކްތައް ހުއްޓުވޭނީ ބައިނަލްއަގުވާމީ ފެންވަރުގައި އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

    ]]>
    Tue, 07 Jul 2026 03:01:39 +0500 ނިއުސް ޑެސްކް
    ޓްރަމްޕްގެ ނުފޫޒު ވޯލްޑްކަޕަށް | ފީފާގެ ބޭއިންސާފް ނިންމުމެއް https://heerasnews.com/4367 https://heerasnews.com/4367 ފީފާ އިން ބަލޯގަންގެ ސަސްޕެންޝަން ފަސްކޮށްފި:

    • ޓްރަމްޕްގެ އެދުމަކަށް ބަލޯގަން އަށް ކުޅުމުގެ ފުރުސަތު ދީފި
    • ބަލޯގަން އަށް ދީފައިވާ އެއް މެޗުގެ ސަސްޕެންޝަން، އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތަކަށް ފީފާ އިން ފަސްކޮށްފި.
    • ޓްރަމްޕް ވަނީ ބަލޯގަން އަށް ދެއްކި ރަތް ކާޑު މުރާޖައާ ކުރުމަށް އިންފަންޓީނޯގެ ކިބައިން އެދިވަޑައިގެންފައި.
    • މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި އަދަބު ފަސްކޮށްފައިވާ ކަމަށް ޕޮޗެޓީނޯ ބުނެފި.
    • ބެލްޖިއަމް އިން ބުނަނީ ފީފާގެ ގަވާއިދުތަކާ މި ނިންމުން ފުށުއަރާ ކަމަށް .

    އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރެއްވި ފޯނު ކޯލަކަށް ފަހު، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ފީފާ އިން ފަސްކޮށްފިއެވެ. މިއާއެކު، ވޯލްޑް ކަޕްގައި އެމެރިކާ ކުރިއަށްގެންދާ ކެމްޕޭނަށް ބޮޑު ބަދަލެއް އައިސް، ބަލޯގަން އަށް އަލުން ކުޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

    މި ނިންމުމާއެކު ފީފާގެ އަދަބު ދިނުމުގެ ނިޒާމަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، މުބާރާތުގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދުމަށް ހޯމަ ދުވަހު އެމެރިކާއާ ދެކޮޅަށް ނުކުންނަ ބެލްޖިއަމް އިން ވަނީ މިކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.

    މި ނިންމުމުގެ ސަބަބުން މުބާރާތުގެ އެންމެ ބޮޑު ބަހުސަކަށް ވެފައިވަނީ ޓީމުގެ ރޭވުންތެރިކަމަށްވުރެ ބޮޑަށް، ފުޓްބޯޅައިގެ މައި އިދާރާ އާއި ސިޔާސީ ބާރުވެރިކަމާ އޮތް ގުޅުމެވެ. ނިންމުން އިއުލާންކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކުޅިވަރުގެ ހަބަރުތަކުގެ ފަލަ ސުރުހީއަށް މިކަން އަރާފައިވާއިރު، ފީފާ އިން އިންސާފު ގާއިމުކުރީތޯ ނުވަތަ އަމިއްލަ ގަވާއިދުތަކުގެ އަގު ވައްޓާލީތޯ ކުރީގެ ކުޅުންތެރިންނާއި ކޮމެންޓޭޓަރުން ދަނީ ބަހުސްކުރަމުންނެވެ. 

    ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން 2-0 އިން އެމެރިކާ މޮޅުވި މެޗުގައި ބަލޯގަން ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް އެ މެޗުގައި ދިފާއީ ކުޅުންތެރިޔާ ތާރިކް މުހަރެމޮވިޗްގެ ފައިޔަށް އެރުނު މައްސަލައިގައި ވީއޭއާރު ބެލުމަށްފަހު އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނި ގޮތުގައި އެއީ ދުވަހަކުވެސް ރަތް ކާޑު ދައްކަންޖެހޭ ވަރުގެ ކުށެއް ނޫނެވެ.

    ހަބަރު ލިބޭ ގޮތުގައި ރައީސް ޓްރަމްޕް އިންފަންޓީނޯއަށް ގުޅުއްވީ މި ނިންމުން މުރާޖައާ ކުރުމަށް އެދިވަޑައިގަތުމަށެވެ. ފީފާ އިން ބަލޯގަން އަށް ކުޅުމުގެ ހުއްދަ ދިން ނަމަވެސް، އޭނާއަށް ދެއްކި ރަތް ކާޑު ބާތިލެއް ނުކުރެއެވެ.

    "ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، މެޗު ސަސްޕެންޝަން ތަންފީޒުކުރުން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތަކަށް ވަނީ ފަސްކުރެވިފައި،" ފީފާގެ ބަޔާނުގައިވެއެވެ. މި މުއްދަތުގެ ތެރޭގައި ބަލޯގަން މިފަދަ އިތުރު ކުށެއް ކޮށްފިނަމަ، މިހާރު ފަސްކުރި ސަސްޕެންޝަންގެ އިތުރުން އާ ކުށަށް ދެވޭ އަދަބު ވެސް ތަންފީޒު ކުރެވޭނެއެވެ.

    "ބޮޑު ބޭއިންސާފެއް"

    "ރަނގަޅު ގޮތް ނިންމައި، މި ބޮޑު ބޭއިންސާފު ބަދަލުކޮށްދިނީތީ ފީފާ އަށް ޝުކުރު ދަންނަވަން،" ޓްރަމްޕް އޭނާގެ 'ޓްރޫތް ސޯޝަލް' ގައި ލިޔުއްވާފައިވެއެވެ. ހަމައެއާއެކު ވައިޓް ހައުސް އިން ވެސް ވަނީ އެކްސްގައި "USA-USA-USA" ޖަހައި މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.

    އެމެރިކާގެ ފުޓްބޯޅަ އިދާރާ އިން މި ނިންމުން ބަލައިގަނެފައިވާއިރު، ކޯޗު ޕޮޗެޓީނޯ ބުނީ ފުޓްބޯޅައިގެ %99.9 މީހުންނަށް އެއީ ބޭއިންސާފު އަދަބެއްކަން އެނގޭ ކަމަށެވެ. އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ މި ނިންމުމާމެދު ސުވާލު އުފައްދާފައެވެ. އޭނާ ބުނި ގޮތުގައި ބަލޯގަން އަށް ދެއްކި ރަތް ކާޑަކީ ހައްގު ކާޑެއް ނޫން ކަމަށް ވިޔަސް، ސިޔާސީ ނުފޫޒުން އަދަބު ފަސްކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. "މިކަން ފެށެނީ ކޮން ހިސާބަކުން، އަދި ނިމެނީ ކޮން ހިސާބަކުން؟" ޓުޗެލް ސުވާލު ކުރިއެވެ.

    ބެލްޖިއަމް އޮތީ ހައިރާންކަމެއްގައި

    ރޯޔަލް ބެލްޖިއަމް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ފީފާގެ މި ނިންމުމުގެ ސަބަބުން "ހައިރާންކަން" ލިބިފައިވާ ކަމަށާއި، މިއީ މުބާރާތުގެ ގަވާއިދުތަކާ ސީދާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި ޖަރުމަނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބާންޑް ނިއުއެންޑޯފް ވިދާޅުވީ ޓްރަމްޕާއި އިންފަންޓީނޯގެ ފޯނު ކޯލާ ގުޅޭގޮތުން ފީފާ އިން ތަފްސީލީ ބަޔާނެއް ނެރެންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން މުބާރާތުގެ ނަޒާހަތްތެރިކަމާއި ފީފާގެ އިތުބާރާ މެދު ވަނީ ސުވާލު އުފެދިފައެވެ.

    މީގެ ކުރިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް މިފަދަ ލުޔެއް ދީފައިވާއިރު، ގަތަރުގެ މިޑްފީލްޑަރު އާސިމް މަދީބޯ އަށް ވަނީ ނުރައްކާތެރި ފައުލަކާ ގުޅިގެން ފަސް މެޗުގެ ސަސްޕެންޝަނެއް ދީފައެވެ.

    ]]>
    Mon, 06 Jul 2026 15:38:33 +0500 ނިއުސް ޑެސްކް
    ވިއްސާރައިގެ ސަބަބުން ހަ މީހަކު މަރުވެ، ދަތުރުފަތުރު ހުއްޓިއްޖެ https://heerasnews.com/4366 https://heerasnews.com/4366 ބޯކޮށް ވެހެމުންދާ ވިއްސާރައިގެ ސަބަބުން އިންޑިއާގެ މުމްބާއީގެ އިރުމަތީ އަވަށް ތަކެއްގައި ހުރި ބިނާތަކެއް ވެއްޓި، 6 މީހަކު މަރުވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ، ސްކޫލްތައް ބަންދުކުރަން ޖެހިއްޖެއެވެ.

    މުމްބާއީގެ މަންކޫރުޑް ސަރަހައްދުގައި ދެ ތިން ބުރީގެ ގެތަކެއް ވެއްޓި، މަރުވެފައިވަނީ ފަސް ކުޑަކުދިންނާއި އެއް އަންހެނަކު ކަމަށް މަދަނީ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

    ވިއްސާރައިގެ ސަބަބުން މުމްބާއީ އާއި ޕޫނޭ ގުޅައިދޭ އެކްސްޕްރެސް މަގުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، ދެ ސިޓީ ދެމެދު ދަތުރުފަތުރު ކުރިއަށް ގެންދިއުން ވަނީ ހުއްޓިފައެވެ. އެ ސަރަހައްދުން ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެނިގެން ދިޔައީ މަގުމަތީގައި ވެއްޓިފައިވާ ކޮންކްރީޓް ބިތްތަކާއި، ޓަނަލްގެ ތެރެއިން ފެން ފައިބަމުންދާ މަންޒަރު ތަކެވެ.

    ބޯވާރޭގެ ސަބަބުން އެއްގަމު ދަތުރުފަތުރަށް ބުރޫ އެރުމުގެ އިތުރުން، ވައިގެ ދަތުރުތައް ވެސް ހުއްޓި، މުމްބާއީ-ޕޫނޭ ދަތުރުތައް ހިމެނޭ ގޮތަށް ދުރު ހިސާބުތަކަށް ދަތުރުކުރާ ރޭލު ހިދުމަތްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

    ލޯކަލް މީޑިއާ ތަކުން ދައްކާ ވީޑިއޯ ތަކުން ފެންނަމުން ދަނީ ފެންބޮޑުވެފައިވާ ގޯޅިތަކުން ރައްޔިތުން ފައިމަގުގާ ހިނގާފައި އުޅޭ މަންޒަރެވެ.

    ހޯމަ ދުވަހަށް ސްކޫލްތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ.

    ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ވިއްސާރައިގެ ސަބަބުން ރުއްގަސްތައް ވެއްޓި، ފާއިތުވި މަހުގެ ފަހު ކޮޅުން ފެށިގެން ތިން މީހަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

    އިންޑިއާގެ މާލީ ވެރިރަށް ކަމަށްވާ މުމްބާއީ އަށް 100 މިލިމީޓަރ (3.9 އިންޗި) ގެ ވާރޭ ވެހިފައިވާ އިރު، ބައެއް ސަރަހައްދުތަކަށް 161 މިލިމީޓަރ (6.3 އިންޗި) ވާރޭ ވެހިފައިވެއެވެ.

    އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރާ ގޮތުގައި، ހޯމަ ދުވަހު ގައުމީ ވެރިރަށް ދިއްލީގެ ސަރަހައްދުގެ ގިނަ ތަންތަނަށް ވިއްސާރައާ ކުރިމަތިލާން ޖެހޭނެއެވެ.

                        

    ]]>
    Mon, 06 Jul 2026 15:02:07 +0500 ނިއުސް ޑެސްކް
    އިންސްޓަގްރާމުން ފީނަގައިގެން ކުޑަކުދިންނަށް ޖިންސީގޯނާކުރުން އިސްތިހާރު ކުރާކަން ފަޅާއަރުވާލައިފި https://heerasnews.com/4365 https://heerasnews.com/4365 ބީބީސީ އައި އިން ކުރިއަށްގެންދިޔަ ތަހުގީގަކުން ހާމަވިގޮތުގައި، އިންޑިއާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ތަކެތި އިޝްތިހާރު ކުރުމަށް އިންސްޓަގްރާމުން ފައިސާ ނަގައިގެން އިޝްތިހާރުތައް ދައްކަމުންދެއެވެ.

    ބީބީސީ ވޯލްޑް ސަރވިސްއަށް ފެނިފައިވާ މި އިޝްތިހާރުތަކުގައި "ރޭޕް ވީޑިއޯ" އަދި "ޗައިލްޑް ވީޑިއޯ" ފަދަ ލަފުޒުތައް ބޭނުންކޮށްފައިވެއެވެ. އަދި މި އިޝްތިހާރުތަކުން މެސެޖިންގ އެޕްލިކޭޝަން "ޓެލެގްރާމް" ގެ ޗެނަލްތަކަށް ލިންކު ކޮށްފައިވާއިރު، އެތަންތަނުން އެފަދަ ވީޑިއޯތައް އެންމެ 99 ރުޕީސް (ގާތްގަނޑަކަށް 18 ދިވެހި ރުފިޔާ) އަށް ގަނެވެން ހުރެއެވެ.

    މި ތަހުގީގީ ރިޕޯޓު ޝާއިއުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިންޑިއާ ސަރުކާރުން ވަނީ އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި "މެޓާ" ގެ މަންދޫބުން މިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ހާޒިރުކޮށްފައެވެ.

    އާންމުގޮތެއްގައި އިންސްޓަގްރާމްގައި އިޝްތިހާރުތައް ޝާއިއުކުރެވެނީ އެ ކުންފުނީގެ އޮޓޮމޭޓެޑް ސިސްޓަމްތަކުން އެ ތަކެތި ރިވިއުކޮށް ހުއްދަ ދިނުމަށްފަހުގައެވެ.

    ބީބީސީން މިފަދަ އެއް އިޝްތިހާރު ރިޕޯޓުކުރުމުން، އިންސްޓަގްރާމުން 24 ގަޑިއިރު ފަހުން ޖަވާބުދީފައިވަނީ އެ އިޝްތިހާރުން އެ ކުންފުނީގެ "ކޮމިއުނިޓީ ގައިޑްލައިންސް" އާ ހިލާފުނުވާ ކަމަށެވެ.

    ނަމަވެސް ފަހުން މިކަމާ ގުޅޭގޮތުން ބީބީސީން ސުވާލުކުރުމުން، މެޓާއިން ބުނީ މިހާރު ބައެއް އިޝްތިހާރުތައް ނައްތާލައި، އެފަދަ ތަކެތި ޕޯސްޓުކުރި އެކައުންޓުތައް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ބީބީސީގެ ހޯދުންތަކާ ގުޅިގެން އިތުރު އިޝްތިހާރުތަކާއި ލިންކުތައް ބްލޮކްކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

    ޓެލެގްރާމުން ބުނި ގޮތުގައި 2024 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ 274000 އަށްވުރެ ގިނަ ގްރޫޕާއި ޗެނަލް ވަނީ ނައްތާލާފައެވެ.

    ބީބީސީން އިންސްޓަގްރާމްގައި އަލިފާސް (alias) އެކައުންޓެއް ހެދީ، ބައެއް ފަހަރު ސާޗް ނުކުރި ކަމުގައިވިޔަސް ޖިންސީ ކަންކަމަށް ހިތްޖެހޭ ފަދަ ކޮންޓެންޓް އިންސްޓަގްރާމުން ފެންނަކަން ފާހަގަވުމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ އަންހެނުން ކާބޯތަކެއްޗާއި މޫސުމާ ބެހޭގޮތުން ކުރާ ޕޯސްޓުތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބެ ޖިންސީ މާނަ ދޭހަވާ ފަދަ ވާހަކަތައް ހިމެނެއެވެ.

    ބީބީސީގެ މި ތަހުގީގަށް ހެދި އެކައުންޓުން އެފަދަ 10 އަންހެނަކަށް ފޮލޯކުރަން ފެށުމުން، އެއް ހަފުތާ ނުވަނީސް އިންސްޓަގްރާމްގެ ފީޑުން ފެންނަން ފެށީ އަންހެނުންނާއެކު ވީޑިއޯ ކޯލް ކުރެވޭނެ ކަމަށް ބުނާ އިޝްތިހާރުތަކާއި، ކަނޑައެޅިގެން ބަރަހަނާ މަންޒަރުތައް ހިމެނޭ އިޝްތިހާރުތަކެވެ.

    އޭގެ ދުވަސްކޮޅެއް ފަހުން، ކުޑަކުދިންނާއެކު ބޮޑެތި މީހުން ޖިންސީ ގުޅުން ހިންގާ މަންޒަރުތައް ދޭހަވާ ފަދަ އިޝްތިހާރުތައް ފެންނަން ފެށިއެވެ. މިފަދަ ޖުމްލަ 30 ތަފާތު އިޝްތިހާރެއް ފެނިފައިވެއެވެ. މީގެ އިތުރުން ބޮޑެތި މީހުންގެ ބަރަހަނާ ފިލްމުތައް ހިމެނޭ 20 ވަރަކަށް އިޝްތިހާރުވެސް ފެނިފައިވެއެވެ.

    ކުޑަކުދިންގެ ޖިންސީ ފޮޓޯއާއި ވީޑިއޯ އަދި ބަރަހަނާ ތަކެތި ފެތުރުމަކީ އިންޑިއާގެ ގާނޫނުތަކުގެ ދަށުން ބޮޑު ކުށެކެވެ. އަދި މެޓާގެ އަމިއްލަ ސިޔާސަތު ބުނާގޮތުން ވެސް ކުޑަކުދިން ނުރައްކަލަށް ހުށަހެޅޭ ފަދަ ނުވަތަ ބަރަހަނާ މަންޒަރު ހިމެނޭ އެއްވެސް އިޝްތިހާރެއް ނުފެންނާނެއެވެ. ބީބީސީން ވަނީ މި ހުރިހާ އިޝްތިހާރުތަކާއި ޓެލެގްރާމް ޗެނަލްތަކުގެ މައުލޫމާތު އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ.

    ފެނުނު ބައެއް އިޝްތިހާރުތަކުގެ ތެރޭގައި ގާތްގަނޑަކަށް 12 އަހަރުގެ ދެ ކުދިން ޖިންސީ އަމަލެއް ހިންގާ މަންޒަރާއި، 52 އަހަރުގެ ފިރިހެނަކު 12 އަހަރުގެ އަންހެން ކުއްޖަކާއެކު ހުރެ، އިތުރު މަންޒަރުތައް ބަލަން ޓެލެގްރާމަށް ވަނުމަށް ބުނާ އިޝްތިހާރުތައް ހިމެނެއެވެ.

    މިކަމާ ގުޅޭގޮތުން މެޓާއިން ބުނީ އެއްވެސް ސިސްޓަމަކީ ފުރިހަމަ ސިސްޓަމެއް ނޫން ކަމަށާއި، ބައެއް ފަހަރު އުސޫލުތަކާ ހިލާފުވާ ތަކެތި ދެނެގަތުމުގައި ނާކާމިޔާބު ވެދާނެ ކަމަށެވެ. އަދި އިޝްތިހާރުތައް ޝާއިއުވުމަށް ފަހުވެސް އެ ތަކެތި މޮނިޓަރ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

    މެޓާގެ ކުރީގެ ވައިސް ޕްރެޒިޑެންޓެއް ކަމަށްވާ ބްރަޔަން ބޮލޭންޑް ބުނި ގޮތުގައި ބީބީސީގެ މި ހޯދުންތަކުން އޭނާއަށް ލިބުނީ ހައިރާންކަމެއް ނޫނެވެ. ބޮޑު ސިހުމެކެވެ. އޭނާ ބުނީ އިންސްޓަގްރާމްގެ އެލްގޮރިދަމް ފަރުމާކޮށްފައިވަނީ މީހުން ގިނަ ވަގުތު އެޕްގައި ބޭތިއްބުމަށް ކަމަށާއި، އޭގެ ސަބަބުން ކޮންމެ ފަދަ ނުރައްކާތެރި އެއްޗެއް ދައްކައިގެން ނަމަވެސް އާމްދަނީ ހޯދުމަށް އެ ކުންފުނިން އިސްކަންދޭ ކަމަށެވެ.

    އިންޑިއާގެ ސުޕްރީމް ކޯޓުގެ ރިޓަޔަރޑް ފަނޑިޔާރު މަދަން ލޯކުރް ވިދާޅުވި ގޮތުގައި މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަންކަމުން ފައިދާ ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމުގައި އެ ކުންފުނިތަކުން ޒިންމާ އުފުލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

    މައްސަލައާ ގުޅިގެން މެޓާއިން ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއަކީ ބޮޑު ކުށެއް ކަމަށާއި، އެކަމާ ދެކޮޅަށް އެ ކުންފުނިން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި 2025 ވަނަ އަހަރު އެކަނިވެސް ޝައްކު ކުރެވޭ ހަރަކާތްތައް ހިންގި 4 މިލިއަނަށްވުރެ ގިނަ އެކައުންޓު އޮޓޮމޭޓެޑްކޮށް ބްލޮކްކޮށްފައި ވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

    ]]>
    Mon, 06 Jul 2026 08:50:30 +0500 ނިއުސް ޑެސްކް
    ސަހަރާ ބޯ ޖަންގައްޔަކަށް | ދަ ގްރޭޓް ގްރީން ވޯލް https://heerasnews.com/4362 https://heerasnews.com/4362 "ގްރޭޓް ގްރީން ވޯލް" އަކީ އެފްރިކާގެ ސާހެލް ސަރަހައްދު ސަހަރާއަކަށް ބަދަލުވަމުންދާ ދިއުން ހުއްޓުވުމަށްޓަކައި ފަރުމާކުރެވިފައިވާ މުހިންމު މަޝްރޫޢެކެވެ. މީގެ އަސާސީ މަގުސަދަދަކީ ސެނެގާލުން ފެށިގެން ޖިބޫތީއާ ހަމައަށް އެފްރިކާ ބައްރު ހުރަސްކޮށް، ގަސްތަކުގެ ބޮޑު ފެހި ބަސްތީއެއް ބިނާކުރުމެވެ. ސަރަހައްދު ސަހަރާއަކަށް ބަދަލުވުމުގެ ސަބަބުން ކުރިމަތިވާ ތިމާވެއްޓާއި އިގުތިސޯދާއި ކާނާގެ ރައްކާތެރިކަމާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް މި މަޝްރޫޢުގެ ދަށުން ކުރިއަށްދެއެވެ.

    އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އިން ބަޔާންކުރާ ގޮތުގައި، ބިން ސަހަރާއަކަށް ބަދަލުވުމަކީ ތިމާވެށީގެ ނާޒުކު ނިޒާމުތަކަށް އިންސާނުންގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކާއި، ވަލުޖަނަވަރުންގެ މާހައުލުތައް ހަލާކުކުރުމާއި، އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ބިން ހަނަފަސްވެ، ބިންގަނޑުގެ ފެންވަރު ދަށްވުމެވެ. މިކަމުގެ ސަބަބުން ސާހެލް ސަރަހައްދުގެ ރަށްފުށުގެ ދިރިއުޅުމަށާއި ކާނާގެ ރައްކާތެރިކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި ގަރުނު ނިމޭއިރު އުތުރު އެފްރިކާއަށް ވެހޭ ވާރޭ 25 އިންސައްތައަށް މަދުވެ، ހަނަފަސް ސަރަހައްދުތައް އިތުރަށް ހަނަފަސްވެގެން ދާނެއެވެ.

    2007 ވަނަ އަހަރު އެފްރިކަން ޔޫނިއަނުން ފާސްކޮށް، 2012 ވަނަ އަހަރު ސަރަހައްދީ ފެންވަރުގައި ގްރޭޓް ގްރީން ވޯލް ތަންފީޒު ކުރުމުގެ ސްޓްރެޓެޖީއެއް އެކުލަވައިލެވުނެވެ. ބައިވެރިވާ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކޮންމެ ގައުމަކަށް ވަކިވަކިން އަމަލީ މަސައްކަތުގެ ޕްލޭންތައް މިހާރުވެސް ދަނީ އެކުލަވައިލަމުންނެވެ.

    ގްރޭޓް ގްރީން ވޯލް ފުޅާމިނުގައި ގާތްގަނޑަކަށް 15 ކިލޯމީޓަރު އަދި ދިގުމިނުގައި 7775 ކިލޯމީޓަރު ހުންނާނެ ކަމަށް ބެލެވެއެވެ. މިއީ ސާހެލްގެ 11 ގައުމެއްގެ ތެރެއިން، ބިންގަނޑު ހިކި އަދި ވެލި ގިނަ ސަރަހައްދުތަކުން ދެމިގެންދާ ގޮތަށް ފަރުމާކުރެވިފައިވާ ފާރެކެވެ. މި ޕްރޮޖެކްޓްގައި ފެން ހިފެހެންޓުމަށް ކުޅިތައް ހެދުމާއި، ހަނަފަސްކަމުގެ ތެރޭގައި ހެދޭ ސަރަހައްދުގެ އަސްލު ގަސްތައް އިންދުން ހިމެނެއެވެ.

    ގަސްތަކުގެ ސަބަބުން ވަޔާއި ބިމުގެ ފަސްގަނޑު ފައިބައިގެން ދިޔުން ކުޑަވެ، ބިމަށް ފެން ދަމާ މިންވަރު އިތުރުވެގެން ދާނެއެވެ. މީގެ ސަބަބުން ބިންގަނޑުގެ މުއްސަނދިކަން އިތުރުވެ، ދަނޑުވެރިކަމާއި ސަގާފީ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އަދި ޖަނަވަރުތަކުގެ މާހައުލުތައް އާލާވެ، ޖައްވުގައި ހުންނަ ކާބަން ދަމައިގަތުމަށްވެސް ބޮޑު އެހީއަކަށް ވެގެން ދާނެއެވެ.

    ޕްރޮޖެކްޓް ފަރުމާކޮށްފައިވަނީ ދަނޑުވެރިކަމާއި ސަގާފީ ގޮތުން ގެންގުޅޭ ޖަނަވާރުތައް ބަލަހައްޓާ ސަރަހައްދުތައް ހިމެނޭ ގޮތަށެވެ. އެހެންކަމުން، މިކަމުގެ އެންމެ ބޮޑު މަންފާއެއް ކުރާނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މި މަޝްރޫއުގެ އުއްމީދަކީ ހަނަފަސްކަން ކުޑަކުރުމުގެ އިތުރުން، އާންމު ރައްޔިތުންނަށް ބޭނުންވާނެ ކާނާއާއި ބޭސްވެރިކަމުގެ ސާމާނާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

    ]]>
    Sun, 05 Jul 2026 14:38:03 +0500 ނިއުސް ޑެސްކް
    ބޯކޮށް ވާރޭވެހުމުން ފެންބޮޑުވުން ހައްލުކުރެވޭނެ ގޮތެއް ބެންގަލޫރުގައި ނެތް https://heerasnews.com/4360 https://heerasnews.com/4360 ބެންގަލޫރުގައި  އެއްއިރެއްގައި އެކި ގޮތްގޮތުން ގުޅިފައިވާ 1400 އަށްވުރެ ގިނަ ފެންގަނޑުތަކާއި ކުޅިތައް ހުއްޓެވެ. ނަމަވެސް، މިއަދު އޭގެ ތެރެއިން ފެންނަން އޮތީ ވަރަށް މަދު މިންވަރެކެވެ.

    ގުދުރަތީ ގޮތުން ފެން ދައުރުވާން ހުރި މަގުތަކުގައި އިމާރާތްތައް ބިނާކުރުމުގެ ސަބަބުން، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް އޮތް ގާބިލުކަން މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

    ފަހަކަށް އައިސް ބެންގަލޫރުގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވަމުންދަނީ ކުއްލިއަކަށް ނިންމި ނިންމުމެއްގެ ސަބަބަކުން ނޫނެވެ. މިއީ އެތައް އަހަރުތަކެއް ވަންދެން، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ނައިސް، މަޑުމަޑުން އިތުރުވަމުންދިޔަ ކުދިކުދި ބަދަލުތަކެއްގެ ނަތީޖާއެވެ. ވަކިވަކިން ބަލާއިރު މިއީ ކުދިކުދި ބަދަލުތަކެއް ނަމަވެސް، މިއަދު މީގެ ގެއްލުން މުޅި ސިޓީއަށް ވަނީ ކުރިމަތިވެފައެވެ. މިއީ ސަރުކާރުގެ އިދާރާތަކުން ބަލަހައްޓާ އުމްރާނީ ވަސީލަތްތަކުގެ ވަށައިގެން އަންނަމުންދާ ބަދަލުތައް ދެނެގަނެވޭނެ ނިޒާމެއް ނެތުމުން ދިމާވާ ކަންތައްތަކެކެވެ.

    ކަމަކީ ހަމައެކަނި ބެންގަލޫރަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. މުޅި އިންޑިއާގެ ހުރިހާ ސިޓީތަކެއްގައިވެސް މިއީ އޮތް ބިނާރީ ބޮޑު މައްސަލައެކެވެ.

    އެތައް އަހަރުތަކެއް ވަންދެން އިންޑިއާގެ ވުޒާރާތަކާއި އުމްރާނީ ތަރައްގީގެ އިދާރާތައް މަސައްކަތް ކުރަމުންދިޔައީ އެއް އިދާރާއަކުން ކުރާ ކަމެއް އަނެއް އިދާރާއަކަށް ނޭނގޭ ފަދަ ގޮތަކަށެވެ. ވުޒާރާތަކުން ބަލަހައްޓަމުން ދިޔައީ ވަކިވަކި ޑޭޓާބޭސްތަކެކެވެ. ތަރައްގީގެ މަޝްރޫއުތައް ރާވަމުންދިޔައީ އެހެން އިދާރާތަކާ ގުޅުމެއް ނެތި އަމިއްލަ އަމިއްލައަށެވެ.

    މުޅި ގައުމުގެ ބިމުގެ ރެކޯޑުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ފެން ހިންދާ ނިޒާމުތަކުގެ މަސައްކަތްތައް ހުރީ އެކަހެރިކޮށް، ވަކިވަކި އިދާރީ އޮނިގަނޑުތަކެއްގެ ތެރޭގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަސައްކަތްތައް ތަކުރާރުވުމާއި، ތަރުތީބު އޮޅުމާއި، ހުއްދަތައް ލިބުން ލަސްވުން ފަދަ އެތައް މައްސަލަތަކެއް ކުރިމަތިވެ، ބޮޑެތި ގެއްލުންތަކެއް ދިޔައީ ވަމުންނެވެ.

    އިންޑިއާގެ 'ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ' ގެ ދަށުން ތައާރަފުކުރި އާދާރު، ޔޫ.ޕީ.އައި އަދި ޑިޖިލޮކާ ފަދަ ވަސީލަތްތަކުން ދައްކުވައިދިނީ، ސަރުކާރުގެ ނިޒާމުތައް އެއް މިންގަނޑަކުން ގުޅާލުމުން މަސައްކަތްތައް މާ ހަރުދަނާ ވާކަމެވެ. 'ޕީ.އެމް ގަތީ ޝަކްތީ' މަޝްރޫއަކީ ހަމަ މި އުސޫލު އުމްރާނީ ތަރައްގީގެ ދާއިރާއަށް ތައާރަފުކުރުމެވެ.

    2024 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އައިއިރު، 'ނޭޝަނަލް މާސްޓާ ޕްލޭން' ގެ ދަށުން މަރުކަޒީ ސަރުކާރުގެ 44 ވުޒާރާއަކާއި، 36 ސްޓޭޓާއި ޔޫނިއަން ޓެރިޓަރީތަކުގެ އިތުރުން 1600 އަށްވުރެ ގިނަ 'ޖިއޯސްޕޭޝަލް ޑޭޓާ ލޭޔަރުތައް' (މަގުތަކާއި، ކޯރުތަކާއި، ޖަންގަލިތަކާއި، ފެން ހިންދާ ނިޒާމު ފަދަ މައުލޫމާތުތައް) ވަނީ އެއް ޗާޓެއްގެ މައްޗަށް ޖީ.އައި.އެސް ޕްލެޓްފޯމެއްގައި ގުޅާލެވިފައެވެ.

    އެހެންނަމަވެސް، އިންޑިއާއިން މި މަސައްކަތް ކަރުދާހުގައި ނިންމާލި ކަމުގައިވިޔަސް، އަމަލީ ގޮތުން މިކަމަށް އަދި ވަގުތުން ހައްލެއް ނުހޯދެއެވެ.

    އެންމެން ހިއްސާވާ ޗާޓެއް އޮތުމަކީ، ކަންކަން ހިނގަމުންދާ ގޮތް މެދުނުކެނޑި އެނގުމެއް ނޫނެވެ. ޗާޓަކުން އެނގޭނީ ތަކެތި ހުރި ތަނެވެ. ނަމަވެސް، އެ ތަކެއްޗަށް ވަމުންދާ ގޮތެއް ޗާޓަކުން ނޭނގޭނެއެވެ.

    ބެންގަލޫރުގެ ފެން ހިންދާ ނިޒާމުގެ މައްސަލަ ބޮޑުވުމުގެ ވާހަކަ ދެއްކުމުގެ ކުރިން، ކަމާބެހޭ އިދާރާތަކަށް ބޭނުންވީ ކޮން ކަމެއްތޯ ބަލާލަމާ ހިނގާށެވެ. އެމީހުންގެ އަތުގައި އޮތީ ކުޅިތައް ހުރި ތަންތަން ދައްކައިދޭ ޗާޓެކެވެ. އެކަމަކު ހަގީގަތުގައި ބޭނުންވަނީ މިއަށްވުރެ ވެސް ފުރިހަމަ ޗާޓެއް ނޫނެވެ.

    ބޭނުންވަނީ އަހަރުން އަހަރަށް އެ ތަންތަނަށް އަންނަމުންދާ ބަދަލުތައް މެދުނުކެނޑި ބެލޭނެ ނިޒާމެކެވެ. ފެންބޮޑުވެގެން ބިމަށް ފެންގަޑު އަރައިގަންނަނީ ކޮންތާކުން ކިހިނެތް ކަމާއި، ފެން ހިންދާ ކާނުތައް ބެދެމުންމުންދަނީ ކިހާ ވަރަކަށްކަމާއި، ބިން ބޭނުންކުރާ ގޮތަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭފެން ހިންދުމަށް ހުރި ހުރަސްތަކަކީ ކޮބައިކަން އެނގެން ޖެހެއެވެ.

    ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ މަސައްކަތްތަކަށްވެސް މި ގޮންޖެހުން އެބައޮތެވެ. މުދާ އުފުލާ މަގުތައް ކަރުދާހުގައި ކިތަންމެ ފުރިހަމަޔަށް އޮތް ނަމަވެސް، ތަކުރާރުކޮށް ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، އާބާދީ އިތުރުވުމުގެ ސަބަބުން އެ މަސައްކަތްތަކަށް ހީނަރުކަން އާދެއެވެ.

    އުމްރާނީ ތަރައްގީއާއި ތިމާވެށީގެ ނިޒާމުތަކަކީ ވަކިވަކި ދެ ދާއިރާގެ ގޮތުގައި ދެން ނުބެލެވޭނެއެވެ. ނަމަވެސް، ސަރުކާރުގެ އިދާރާތައް އުފެދިފައިވަނީ ދޭތެރެ ދޭތެރެއިން ސާވޭތަކާއި އިންސްޕެކްޝަންތަކުގެ ޒަރީއާއިން ކަންކަން ބެލުމަށެވެ. ގިނަ ފަހަރަށް ފެންބޮޑުވާކަން އެނގެނީ ފެން ހިންދާ ނިޒާމު ފޭލުވުމުންނެވެ. ތިމާވެއްޓަށް ގެއްލުން ލިބޭކަން އެނގެނީ އެކަން ވެ ނިމުމުންނެވެ. އިދާރާތަކަށް މި ނުރައްކާތައް ފާހަގަވާއިރު، އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ ހޭދަ އޮންނަނީ އިންތިހާއަށް ބޮޑުވެފައެވެ.

    ބެންގަލޫރަށް ކުރިމަތިވެފައިވާ ފަދަ ސުވާލުތަކަކީ، އެއް ފަހަރު ކުރާ ސާވޭއަކުން ހައްލު ހޯދޭނެ ކަންކަމެއް ނޫނެވެ. ބިންތަކަށް ފެންގަނޑު އަރައިގަންނަނީ ކިހިނެއްތޯއާއި، ފެން ހިންދުމަށް އޮތް ހުރަސްތަކަކީ ކޮބައިތޯ ބެލުމަށް ބޭނުންވަނީ މެދުނުކެނޑި ކަންކަން ބަލާނެ ނިޒާމެކެވެ.

    މިފަދަ މެދުނުކެނޑި ބަލާނެ ޓެކްނޮލޮޖީ މިހާރު ދަނީ ތަރައްގީވަމުންނެވެ. 'އެސްރީ އިންޑިއާ' ގެ އާކްޖީ.އައި.އެސް ފަދަ ވަސީލަތްތަކުގެ ސަބަބުން، އެކި ތަންތަނުގައި ހުރި މައުލޫމާތުތައް އެއް ތަނަކުން ފެންނަން ހުރެއެވެ. 'ސެޓްސުއާ' ގެ 'ދާރިނީ'  އަކީ މި މަސައްކަތް އިތުރަށް ފުޅާކޮށް، ސެޓަލައިޓް މެދުވެރިކޮށް ބިމަށް އަންނަ ބަދަލުތައް ވަގުތުން ވަގުތަށް އިދާރާތަކަށް ފެންނާނެ ގޮތް ހަދައިދޭ ވަސީލަތެކެވެ.

    އެއް ފަހަރު ނަގާ ފޮޓޯއަކުން އެނގޭނީ އެ ވަގުތު ކަން އޮތް ގޮތެވެ. ނަމަވެސް، މެދުނުކެނޑި ބަލަމުން ދިއުމުން ކަންކަން އިތުރަށް ގޯސްވަނީތޯ ނުވަތަ ރަނގަޅުވަނީތޯ އެނގި، ހަރަދު ކުޑަކޮށް މައްސަލަ ހައްލުކުރެވޭނެ ފުރުސަތު ލިބެއެވެ.

    'ގަތީ ޝަކްތީ' މަޝްރޫއުގެ އަސްލު ބޭނުމަކީ މިއީއެވެ. މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރުމުން، އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިވުމުގެ އިތުރުން، ތާރީހީ މައުލޫމާތުތައް ރައްކާކުރެވިފައި ހުރެއެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވެދާނެ ގޮތްތައް ލަފާކުރުމާއި، ތިމާވެށީގެ ނުރައްކާތައް ދެނެގަތުމާއި، މަޝްރޫއުތައް ހިނގާ ގޮތް ބެލުން ފަދަ ކަންކަން ކުރަން މާ ފަސޭހަވެގެންދާނެއެވެ.

    އިންޑިއާއިން މި ގޮންޖެހުމާ ކުރިމަތިލަނީ ވަރުގަދަ އަސާސެއްގެ މަތީގައެވެ. ޑިޖިޓަލް އުމްރާނީ ތަރައްގީގައި އިންޑިއާއިން ވަނީ، މައުލޫމާތު ހިއްސާކޮށްގެން ހިންގާ ނިޒާމުތައް މާ ކާމިޔާބުކަން ސާބިތުކޮށްދީފައެވެ. މިހާރު އޮތް ގޮންޖެހުމަކީ، ޑިޖިޓަލް މުއާމަލާތްތަކުގައި ބޭނުންކުރި މި އުސޫލުތައް، އަމަލީ ދުނިޔޭގެ ކަންކަން ބެލެހެއްޓުމުގައިވެސް ބޭނުންކުރަން ފެށުމެވެ.

    ނަމަވެސް، އަދިވެސް ފޫބައްދަންޖެހޭ ބޮޑު ރޮނގެއް އެބައޮތެވެ. އެއީ އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބިމުގެ ރެކޯޑުތައް ޑިޖިޓަލްކޮށްފައިވާ މިންވަރު އެއްވަރެއްގައި ނެތުމެވެ. އިދާރީ ނިންމުންތައް ހަރުދަނާވާނީ، އެ ނިންމުންތައް ބިނާކުރާ ޖިއޯސްޕޭޝަލް ޑޭޓާ ނުވަތަ ބިމުގެ މައުލޫމާތުތަކަކީ އިތުބާރު ހުރި ސައްހަ މައުލޫމާތުތަކަކަށް ވެގެންނެވެ. އެހެންކަމުން، މި ނިޒާމުގެ ބިންގާ އިތުރަށް ވަރުގަދަކުރަން މިއަދު ވަނީ ޖެހިފައެވެ.

    ]]>
    Sun, 05 Jul 2026 04:50:17 +0500 ނިއުސް ޑެސްކް
    ގާނޫނުގެ ވެރިކަމެއް ކުރަން ސަރުކާރުން ދަސްކުރަންޖެހޭ: ޝާހިދު https://heerasnews.com/4361 https://heerasnews.com/4361 އިންތިހީބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނޫންތޯ ކަނޑައެޅުމަށް ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށެ ވިދާޅުވެ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެލްޖޭއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

    ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމަށްފަހު، ވ.އަތޮޅު ތިނަނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ އަކީ އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ވ.ތިނަދޫ ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ޝުޖާއު އަލީއަށް ގެއްލިއްޖެ ކަމަށް ނިންމާ ލޯކަލް ގަވަމެންޓް އޮތޯރިޓީއިން އަންގާފައިވާ އެންގުން އަނބުރާ ގެންދަން ޖެހޭކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.  ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭ ކަމަށއވެސް ޝާހިދު ވިދާޅުވި އެވެ. 

    ޝާހިދު އެކްސްގައި އެ މޭރުމުން ޕޯސްޓެއް ކުރެއްވީ މި ހިނގާ ކައުންސިލް ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރި ކަމަށް ބުނެ ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ރަސްމީކޮށް ކަނޑައަޅާފައި ވާތީއެވެ.

    އެލްޖީއޭގެ ނޫސްބަޔާނުގެ ހުލާސާ:

    މި އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު، ޝުޖާއު އަލީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި މެއި 19 ގައި ދަފުތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭއަށް އަންގާފައި ވާތީ ޖޫން 30، 2026 ގައި ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ނިންމާފައިވަނީ ޝުޖާއުގެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.

    ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް، ދަ ޑިމޮކްރެޓްސް އޭޕްރިލް 11، 2026 ގައި ވަނީ އުވާލަފައެވެ. 

    ޕާޓީއެއް އުވާލުމާ ގުޅިގެން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭނެ ސަބަބެއް ކަމަށް ޝުޖާއު އަލީ ގަބޫލެއް ނުކުރައެވެ. 

    ]]>
    Sat, 04 Jul 2026 21:43:43 +0500 ނިއުސް ޑެސްކް
    އިޒްރޭލަށްޓަކާ ހާމަނާއީގެ ޖަނާޒާގައި ރާއްޖޭން ބައިވެރިއެއްނުވި!؟ https://heerasnews.com/4358 https://heerasnews.com/4358 ފެބްރިއަރީ މަހު އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ވައިގެ ހަމާލާގައި އުދުވާނީ ހަމަލާގައި ޝަހީދު ކޮށްލާފައިވާ އީރާނުގެ ކުރީގެ ރޫހީ ލީޑަރ އާޔަތުއްލާ ހާމަނާއީ ގެ ރަސްމީ ޖަނާޒާ ހުކުރު ދުވަހު ފަށައިގެން ކުރިއަށް އެބަގެންދެއެވެ. އާޔަތުއްލާ ހާމަނާއީގެ ޖަނާޒާ ހަފްތާއަކަށް ދިގުދެމިގެން ދާނެކަމަށް އިދާރާތަކުން މައުލޫމާތު ދެއެވެ.

    ޝަހީދުކޮށްލާފައިވާ އީރާނުގެ ރޫހީ ލީޑަރގެ ޖަނާޒާގައި 20 މިލިޔަނެއްހާ މީހުން ބައިވާނެކަމަށް ރަސްމީ އިދާރާތަކުން އަންދާޒާ ކުރެއެވެ. އާޔަތުއްލާ ހާމަނާއީގެ ޖަނަޒާގައި މަތީ ފެންވަރުގެ ވަފުދުތައް ބައިވެރިކުރާނީ އެމެރިކާއާއި އިޒްރޭލުގެ އަދާވާތްތެރިން ކަމަށް އިޒްރޭލަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ޖަނާޒާގައި ބައިވެރިނުވުމަށް އިޒުރޭލުން ގައުމުތަކުގައި ދަނީ އެދެމުންނެވެ.

    ހާމަނާއީގެ ޖަނަޒާގައި ވަފުދުތައް ބައިވެރިކުރާ ގައުމުތަކާ މެދު ހަރުކަށި ފިޔަވަޅުއަޅާ ރައްކާތެރިވުމަށް އިޒްރޭލުގެ ބައިވެރިން ތެރޭގައި ގޮވާލެވެމުންވެސް އެބަދެއެވެ. އެފަދަ އެއްވެސް ކަމަކަށް ބެލުމެއްނެތި ހާމަނާއީއަށް އެންމެ ފަހުގެ އިހުތިރާމް އާދާކުރަން ހާމަނާއީގެ ޖަނާޒާގައި ދުނިޔޭގެ އެތައް ގައުމެއްގެ މަތީ ފެންވަރުގެ ވަފުދުތައް އަންނަނީ ބައިވެރިވަމުންނެވެ. 

    އާޔަތުއްލާ ހާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް މަތީފެންވަރުގެ ވަފްދެއް ސައުދީއަރަބިޔާއިން ފޮނުވަފާނެ ކަމަކަށް އެއްވެސް ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް ސައުދީ އަރަބިޔާއިންވެސް ވަނީ ހާމަނީގެ ޖަނާޒާގައި މަތީފެންވަރުގެ ވަފްދެއް ބައިވެރިކޮށްފައެވެ. ސައުދީ އަރަބިޔާގެ އިތުރުން ގަތަރާއި އޮމާނުންވެސް އެ ޖަނާޒާގައި ބައިވެރިވެއެވެ. 

    ސަތޭކައަށް ވުރެ ގިނަ ގައުމުން ހާމަނާއީގެ ޖަނާޒާގައި ބައިވެރިވެފައިވެއެވެ. ތުރުކީ އާއި މެލޭސިޔާއާއި ކަޒަކިސްތާނާއި އިރާގާއި ފަލަސްތީނުން ވެސް ވަފްދުތައް ވަނީ ގޮހެވެ. ތައިލެންޑާއި އަފްގާނިސްތާނާއި ބަނގްލާދޭޝް އާއި ސްރީލަންކާ އާއި އިންޑިއާ އިން މަތީފެންވަރުގެ ވަފްދުތައް ފޮނުވިއިރު ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖެ ކޮބާހެއްޔެވެ. 

    އިންޑިއާ ފަދަ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ގައުމަކުން އެ ޖަނަޒާގައި ބައިވެރިވިއިރު މުއިއްޒު ސަރުކާރުން ހާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވި ނުވުމަކީ އިސްލާމީ ދިވެހި އުންމަތަށް ވީ ހިޔާނާތެކެވެ. ބައިނަލްއަގުވާމީ ގުޅުންތަކުގެ ކުޑަވެސް ވައްޓަފާޅިއެއް ހުރިނަމަ އިޒްރޭލާއި އެމެރިކާ ދެކެބިރުންވެސް ކުރާނީ އެކަހަލަ ކަމެއް ނޫނެވެ. 

    ހާމަނާއީ ޝަހީދުކޮށްލުމުން އެހީތާމައިގައި ބައިވެރި ބައިދަނޑިއަށް ދިދަވެސް ތިރިކޮށްލަން ނުކެރުނު ބަޔަކަށް ޖަނާޒާއަށް ދާންކެރޭނީ ކިހިނެއް ހެއްޔެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ކުރުން އެކި ބަހަނާ ދައްކައިގެން ދިގުދަންމާލި ދަންމާލުން ހަނދާނެއް ނުނެތެއެވެ. އެމެރިކާއާއި ގުޅިގެން އިޒްރޭލުން އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް އެމެރިކާއާއި އިޒްރޭލުގެ ނަން ކިޔަންވެސް މުއިއްޒަށާއި ސަރުކާރަށް ނުކެރުނެވެ. އެތައް ސަތޭކަ ކުދިން ތިބި ސްކޫލަކަށް ބޮންއަޅާ އެހުރިހާ ކުދިން މަރާލާ ހާމަނާއީ އާއިލާއާއިއެކު ޝަހީދުކޮށްލި ހަމަލާ އިރާނަށް ދިނުން ކުށްވެރިނުކޮށް އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާ ދިނުން ހަރުކަށި އިބާރާތުން ރާއްޖޭން ކުށްވެރި ކުރިއެވެ. އެންމެފަހުން ހާމަނާއީގެ ޖަނާޒާގައިވެސް ރާއްޖޭގެ ފަރާތުން ބައިވެރިކޮށް ނުލީއެވެ. 

    ބުނެވި ދިޔަގޮތަށް މުއިއްޒު ސަރުކާރުގެ ކަންކަން ހުރުމުން އިސްލާމުންނަށް މާ ހެޔޮއެދޭ އިސްލާމް ދީނަށް ނަސްރުދޭ ސަރުކާރެއް ކަމަށް ބުނާ ބުނުމަކީ ބޮޑު އޮޅުވާލުމެކެވެ. އިސްލާމު ދީނަކީ ވެރިކަމުގައި ތިބުމަށް އުފުލާ ހަންމުއްޓެކެވެ. ދައުލަތުން ވައްކަން ކުރަމުން، ރިޝްވަތު ނަގަމުން ރީޝްވަތު ދެމުން، ރައްޔިތުންގެ ފައިސާއިން އިސްރާފުކުރަމުން، މަތި މައްޗަށް ދޮގުހަދަމުން، އޮޅުވާލަމުން، ދިވެހި ރައްޔިތުންގެ ތެރެއިން ވަކިބަޔަކީ ކާފަރުންނޭ ގޮވަމުން އަލްހަމްދު ނުކިޔާން ބުނާ ވެރިކަމެއް ނެތި ދިޔުމަށްވުރެ އެދޭ އެއްވެސް ކަމެއް މިހާރަކު ނެތެވެ. 

    ]]>
    Sat, 04 Jul 2026 08:30:15 +0500 ނިއުސް ޑެސްކް
    ދަށްގޮހޮރުގައި ހުއްޓަސް ދަމާނެރޭނަން: ރައީސް ޔާމީނު https://heerasnews.com/4357 https://heerasnews.com/4357 ދައުލަތުގެ މުހިންމު ކުންފުނިތަކާއި ޕޯޓުތައް ގަންނަން އުޅޭ ފަރާތްތަކަށާއި މުއިއްޒު ސަރުކާރަށް ރައީސް ޔާމީނު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ދައުލަތުގެ ކުންފުންޏެއް ޕޯޓެއް މިހާރު ވިއްކާލި ކަމަށްވިޔަސް އެތަނެއް އަތުލާނެ ކަމަށާއި ބަދަލުވެސް ނުދޭނެ ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

    ރާއްޖޭގެ ވެރިކަމަށް ދެން އަންނާނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ކަމަށާއި ޕީއެންއެފް ވެރިކަމެއްގައި ކަންތައް ކުރާނެ ގޮތް ވިދާޅުވެ ދެއްވާ ދައުލަތުގެ ކުންފުނިތަކާއި ޕޯޓްތައް ގަންނަން އުޅޭ ފަރާތްތަކަށް ދުރާލާ އިންޒާރު ދެއްވާ ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.  

    ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ދައުލަތުގެ މުދާ ވިއްކާލުމުގައި ބައިވެރިވާ ފަރާތްތައް، އެއީ ކިތަންމެ ނުފޫޒުގަދަ ނުވަތަ ބޮޑު އާއިލާއެއްގެ ބޭފުޅުން ކަމުގައި ވިޔަސް، އެ މީހުންގެ މައްސަލަތައް ބައްލަވައި، އެ ވިއްކައިގެން ހޯދާ ފައިސާ "ދަށް ގޮހޮރުގައި ހުއްޓަސް" ހޯއްދަވާނެ ކަމަށެވެ.

    "ގަންނަން އުޅޭ މީހުންގެ ގާތުގައި މި ބުނަނީ ވިއްކާ މީހުންގެ މައްސަލަތައް އަޅުގަނޑުމެން ބަލާނަމޭ. އެ މީހުންނަށް ނުތިބެވޭނެ މަޑެއްކޮށް. މީގެ ތެރޭގައި ވިއްކަނީ ކިތަންމެ ބޮޑު މީހަކަށް ވިޔަސް، އަދި އޭނާގެ އާއިލާ ކިތަންމެ ބޮޑު ކަމުގައި ވިޔަސް، އެ މީހުންގެ މައްސަލަ ބަލާނަން،" ރައީސް ޔާމީނު ވިދާޅުވިއެވެ.

    އެއާޕޯޓު އަތުލުމުން ޖީއެމްއާރް ކުންފުންޏަށް ދިވެހި ސަރުކާރުން ބަދަލު ދޭންޖެހުމުން ބަދަލު ދިންނަމަވެސް މިފަހަރު ޕޯޓާއި ދެން ހުރި ތަންތަން ވިއްކާލައިފިނަމަ އަމަލުކުރާނެ ގޮތް މުޅިން ތަފާތުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

    ރައީސް ޔާމީނު ވިދާޅުވީ މުއިއްޒު ސަރުކާރުން ވިއްކާލާ ތަންތަން ދައުލަތަށް އަތުލާއިރު ދިވެހި ސަރުކާރުން އެއްވެސް ބަދަލެއް ނުދޭނެ ކަމަށެވެ. މުއިއްޒު ސަރުކާރުން ވިއްކާ ތަންތަން ގަންނަ ފަރާތްތަކުން ޖެހޭނީ ވިއްކި ބައެއްގެ އަތުން ފައިސާ ހޯދަން ކަމަށްވެސް ޔާމީނު ވިދާޅުވިއެވެ.

    މުއިއްޒު ސަރުކާރުން ތަނެއް ވިއްކާލިޔަސް ވިއްކާލާ ތަންތަން ހަމަ ދިވެހިރާއްޖޭގައި ހުންނާނެ ކަމަށް ވިދާޅުވަމުން ޔާމީން ވިދާޅުވީ އެ ތަންތަނަށް ހިނގާނީ ދިވެހި ވެރިކަމުގެ ހުކޫމާތުގެ ބާރު ކަމަށެވެ. 

    ]]>
    Fri, 03 Jul 2026 15:06:23 +0500 ނިއުސް ޑެސްކް
    މަތިންވައްޓާ މަރާލީ އެކްސިޑެންޓެއް ކަމަށް ދެއްކުމަށް https://heerasnews.com/4356 https://heerasnews.com/4356 ލޯހަގަދް ފޯޓްގައި ހިނގި މަރުގެ ހާދިސާ

    މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ޕޫނޭގައި ހުންނަ ކިއްލާއަކުން ޒުވާނަކު ވެއްޓި މަރުވުމުން، ފުރަތަމަ ބެލެވުނީ އެއީ ހިތާމަވެރި އެކްސިޑެންޓެއް ކަމަށެވެ. އުމުރުން 26 އަހަރުގެ ކެޓަން އަގަރްވާލް، އޭނާގެ ލޯބިވެރިޔާ ސިއާ ގޯޔަލްއާއެކު ޒިޔާރަތްކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރީތި މަންޒިލެއް ކަމަށްވާ ލޯހަގަދް ކިއްލާއަށެވެ.

    ނަމަވެސް، އޭގެ ދުވަސްތަކެއް ފަހުން ފުލުހުން ވަނީ 20 އަހަރުގެ ސިއާ އާއި އޭނާގެ އެކުވެރިއެއް ކަމަށްވާ 22 އަހަރުގެ ޗެތަން ޗައުދަރީ ހައްޔަރުކޮށްފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، މި ދެމީހުން ރޭވުންތެރިކަމާއެކު ކެޓަން ކިއްލާގެ މަތިން ވައްޓާލައި މަރާލީއެވެ. އަދި ސިއާ އާއި ޗެތަންއާ ދެމެދު ސިއްރު ލޯބީގެ ގުޅުމެއް އޮތް ކަމަށްވެސް ފުލުހުން ބުނެއެވެ.

    މީޑިއާގެ ސަމާލުކަން މި މައްސަލައަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ފުލުހުން ތަހުގީގުން ހޯދާ މައުލޫމާތުތައް މަދު މަދުން ހާމަކުރަމުންދާއިރު، ސޯޝަލް މީޑިއާގައި ކެޓަން އާއި ސިއާގެ އަމިއްލަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ އާންމުވެފައެވެ. ވަކިން ހާއްސަކޮށް، ސިއާއަށް އަމާޒުކޮށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ދަނީ އޮހެމުންނެވެ. ތަހުގީގު ނުނިމެނީސް އޭނާއަކީ ގާތިލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔާ ދިމާ ކުރަމުންނެވެ.

    ތަހުގީގަށް ހޯދުނު ކަންތައްތައް

    އާއިލާގެ މައުލޫމާތުތަކަށް ބަލާއިރު، ކެޓަން އާއި ސިއާ އެންގޭޖްވީ މިދިޔަ ފެބުރުއަރީ މަހުއެވެ. އަދި މިއަހަރުގެ ފަހުކޮޅު ކައިވެނި ކުރުމަށް ހުރިހާ ތައްޔާރީތަކެއް ވެސް އޮތީ ނިމިފައެވެ.

    ޕޫނޭ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ސަންދީޕް ގިލް ވިދާޅުވި ގޮތުގައި، ކެޓަން މަރުވީ ކިއްލާގެ މަތިން ކަހާލައިގެން ވެއްޓިގެން ކަމަށް ސިއާ ބުނި ނަމަވެސް، ތަހުގީގުން އެކަމާ މެދު ޝައްކުތަކެއް އުފެދުނެވެ. ކެޓަންއަކީ މިފަދަ ތަންތަނަށް ގޮސް އުޅުމުގެ ތަޖުރިބާ ހުރި މީހެއް ކަމުން، ކުއްލިއަކަށް ކަހާލައިގެން ވެއްޓުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އާއިލާއިން ވެސް ބުންޏެވެ.

    ފުލުހުން ބުނާ ގޮތުގައި، ސިއާ ބޭނުންވީ ކެޓަންއާ ކައިވެނި ނުކޮށް ޗެތަންއާ ގުޅޭށެވެ. މަތިންވައްޓާ ކެޓަން މަރާލީ އެއީ އެކްސިޑެންޓެއް ކަމަށް ދެއްކުމަށްޓަކައެވެ. ސީސީޓީވީ ފުޓޭޖުން ފެނުނު ގޮތުގައި، އެދުވަހުގެ ހޫނުމިން 33 ޑިގްރީގައި ހުރިއިރުވެސް، ބޯ ނިވާކޮށްގެން ހޫޑީއެއް ލައިގެން ހުރި މީހަކު ކިއްލާ ސަރަހައްދުގައި އުޅުނެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެއީ ޗެތަންއެވެ.

    ވަކީލުންގެ ރައްދު

    ސިއާގެ ވަކީލު ވިޕުލް ދުޝިންގް ބުނާ ގޮތުގައި، ސިއާގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ. އޭނާ ހައްޔަރުކުރީ ގާނޫނީ އެކަށީގެންވާ ހެއްކެއް ނެތި، ހަމައެކަނި ކެޓަންގެ އާއިލާގެ ޝަކުވާއަށް ބަލައިގެން ކަމަށް ވަކީލު ތުހުމަތު ކުރެއެވެ. ޗެތަންގެ ވަކީލުވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

    އާއިލާގެ އިހުސާސްތައް

    ކެޓަންގެ ބައްޕަ ވިޝާލް އަގަރްވާލް ބުނީ، ސިއާ ކައިވެނި ކުރަން ބޭނުން ނުވާކަން ކުރިން ބުނިނަމަ ވަގުތުން ކައިވެނި ކެންސަލް ކުރީސް ކަމަށެވެ. ކެޓަންގެ މަންމަ ބުނީ އޭނާ ސިއާ ދެކުނީ އަމިއްލަ ދަރިއެއްގެ ގޮތުގައި ކަމަށެވެ. އާއިލާއިން މިހާރު އެދެނީ މި މައްސަލައިގައި އިންސާފު ގާއިމުކޮށް، ކުށްވެރިންނަށް މަރުގެ އަދަބު ދިނުމަށެވެ.

    މި މައްސަލައިގައި ދައުލަތުގެ ވަކީލަކަށް ހަމަޖައްސާފައިވަނީ އިންޑިއާގެ މަޝްހޫރު ގާނޫނީ ވަކީލު އުއްޖަލް ނިކަމްއެވެ. އޭނާއަކީ މުމްބާއީ ހަމަލާގެ މޭސްތިރި މުހައްމަދު ގަސާބަށް މަރުގެ އަދަބު ހޯދައިދިން ވަކީލެވެ.

    އަނެއްކޮޅުން، ސިއާގެ މައިންބަފައިން ތިބީ ލިބުނު ސޮކެއްގައެވެ. ސިއާގެ މަންމަ ބުނި ގޮތުގައި ސިއާ ކެޓަން ދެކެ ވަރަށް ލޯބިވެއެވެ. އަދި އޭނާއަށް އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށާއި، މި ހާދިސާގެ ސަބަބުން ދެ އާއިލާވެސް ބަނގުރޫޓުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

    މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

    ]]>
    Fri, 03 Jul 2026 14:15:15 +0500 ނިއުސް ޑެސްކް
    ފުލުހުންގެ އިހުމާލުން ގާތިލު ވީއްލުން https://heerasnews.com/4350 https://heerasnews.com/4350 އިންޑިޔާގެ މޭގަލާޔާގައި މި ދިޔައަހަރު ހަނީމޫން ހޭދަކުރަން ގޮސް ފިރިމީހާ ރާޖާ ރަގުވަންޝީ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސޯނަމް ރަގުވަންޝީ ހައްޔަރުގައި ބެހެއްޓެނެ ގޮތެއް ނެތްކަމަށް މެގާލަޔާ ހައިކޯޓުން ވެސް ނިންމައިފިއެވެ. ފިރިމީހާ މަރާލިކަމަށް ބެލެވޭ ސޯނަމް ރަގްވަންޝީއަށް ދޫކުރި "ހައްޔަރުކުރުމުގެ ސަބަބު ބަޔާންކުރާ ލިޔުމުގައި"ގައި ވާގޮތުން އޭނާ ހައްޔަރުކުރީ ސިފައިންގެ ހިދުމަތަށް ފިލައިގެން އުޅޭތީ އާއި އިންޑިއާއިން ބޭރުގައި ކުށެއް ކޮށްފައިވާތީ ކަމަށް ބަޔާންކޮށްފައި އޮތުމުން، މޭގަލާޔާ ހައިކޯޓުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

    ދަށުކޯޓުން ނެރެފައިވާ ސޯނަމްގެ ކަފާލާތު ބާތިލުކުރުމަށް އެ ފްރޮވިންސްގެ ސަރުކާރުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލަމުން ކޯޓުން ބުނީ، ހައްޔަރުކުރުމުގެ ސަބަބު ބަޔާންކުރާ ލިޔުމަކީ އެއްވެސް ފިކުރެއް ނެތި، ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ތައްޔާރުކޮށްފައިވާ "ހެއްވާ" ލިޔުމެއް ކަމަށެވެ.

    ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބޭރުކޮށްލައްވަމުން ފަނޑިޔާރު ޑަބްލިއު. ދިއެންގްޑޯ ފާހަގަކުރެއްވި ގޮތުގައި، 2025 ޖޫން 9 ވަނަ ދުވަހު ގަޒީޕޫރުގެ ވަން ސްޓޮޕް ސެންޓަރުން ސޯނަމްއަށް ދޫކުރި އޭނާ ސޮއިކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، އެއީ މައްސަލައިގެ ހަގީގަތަށް އެއްވެސް ބެލުމެއް ނެތި ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ހަގީގީ ތުހުމަތަކީ ކޮބައިކަން އެ ލިޔުމުން އެނގެން ނެތް ކަމަށް ކޯޓުން ފާހަގަކުރިއެވެ.

    ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ލިޔުމުގައި ސޯނަމްއަކީ "އިއްތިހާދުގެ ހަތިޔާރު އެޅި ފައުޖަކުން ފިލައިގެން އުޅޭ މީހެއް ކަމަށް ތުހުމަތުކުރެވޭ" ކަމަށާއި، "އިންޑިއާއިން ބޭރުގައި ކުށެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ" ކަމަށް ލިޔެފައި ހުރުމަކީ ބުއްދި ގަބޫލުކުރެވޭ ކަންކަމެއް ނޫނެވެ. މީގެ އިތުރުން، އޭނާއަކީ މީގެ ކުރިން ކުށް ސާބިތުވެފައިވާ މީހެއް ކަމަށާއި، މިނިވަންވުމަށްފަހު އުޅޭނޫޅޭ ތަނުގެ މައުލޫމާތު ދީފައިނުވާ ކަމަށްވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

    ކޯޓުން އިތުރަށް ބުނީ، މީހަކު ހައްޔަރުކުރާއިރު އެކަން ކުރާ އިދާރާއަކުން މިފަދަ އިހުމާލުތައް ވުމަކީ ހައްޔަރުކުރެވޭ މީހާގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި ހައްޔަރުކުރި ފުރަތަމަ މަރުހަލާގައިވެސް އޭނާ ހައްޔަރުކުރި ހަގީގީ ސަބަބު ބަޔާންކޮށްދެވިފައި ނުވާކަން މިކަމުން ސާފުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

    މީގެ އިތުރުން، ފުލުހުންގެ ލިޔެކިޔުންތަކުގައި މީހަކު މެރުމުގެ ކުށް ބަޔާންކުރާ ގާނޫނީ މާއްދާގެ ބަދަލުގައި، އުފެދުމުގައިވެސް ނެތް މާއްދާއެއް (ސެކްޝަން 403(1)) ބޭނުންކޮށްފައިވަނީ "ލިޔުމުގައި އެރި ކުށަކުން" ކަމަށް ސަރުކާރުން ބުނި ނަމަވެސް، ކޯޓުން އެކަން ބަލައެއް ނުގަތެވެ. ކޯޓުން ބުނީ މިއީ ތަކުރާރުކޮށް ހިނގާފައިވާ އުނިކަމެއް ކަމަށާއި، މިއީ ކަމާބެހޭ ފަރާތްތަކުން ޒިންމާދާރުކަމެއް ނެތި ކަންކަން ކުރާކަމުގެ ހެއްކެއް ކަމަށެވެ. މައްސަލައިގެ ބިންގާ އެޅުނުއިރުވެސް މިފަދަ ބޮޑެތި ގޯސްތަކެއް ހުރުމުން، އޭގެ ފަހުން ކުރާ އެއްވެސް ކަމަކުން އެކަން އިސްލާހު ނުކުރެވޭނެ ކަމަށްވެސް ހުކުމުގައިވެއެވެ.

    ހައިކޯޓުން ސާފުކޮށްދިން ގޮތުގައި ހައިކޯޓްގެ އެ ނިންމުމަކީ ހަމައެކަނި ހައްޔަރުކުރުމުގެ އިޖުރާއަތްތަކާ ގުޅޭ ނިންމުމެކެވެ. މައްސަލައިގެ ތަހުގީގަށާއި، ދައުވާ އުފުލުމަށް ނުވަތަ މިހާރު ކުރިއަށްދާ ޝަރީއަތަށް މިކަމުގެ ސަބަބުން އެއްވެސް ހުރަހެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.

    މައްސަލައިގެ ފަހަތުގައިވަނީ، އިންޑޯރަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ރާޖާ އާއި ސޯނަމް 2025 މޭ 11 ގައި ކައިވެނިކޮށް، ހަނީމޫނަށް މޭގަލާޔާއަށް ދިޔަ ހާދިސާއެވެ. އެ ދެމަފިރިން ގެއްލިގެން ހޯދަނިކޮށް، ރާޖާގެ ހަށިގަނޑު ފެނުނީ ފުން އަޑިގަޑެއްގެ ތެރެއިންނެވެ. މި މަރުގެ ތުހުމަތުގައި ސޯނަމްގެ އިތުރުން އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރާޖް ކުޝްވާހާ އާއި އިތުރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

    ދިހަ މަސް ދުވަހު ބަންދުގައި ހުރުމަށްފަހު، ސޯނަމްއަށް ކަފާލާތު ލިބުނީ ފުލުހުންގެ އިހުމާލުގެ ސަބަބުން ހައްޔަރުކުރުމުގެ އިޖުރާއަތްތައް ފުރިހަމަނުވާ ކަމަށް ބުނެ ދަށު ކޯޓުންނެވެ. ހައިކޯޓުން މިހާރު މިވަނީ ދަށު ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށް، ސަރުކާރުން ހުށަހެޅި މައްސަލަ ބޭރުކޮށްލާފައެވެ.

    ]]>
    Thu, 02 Jul 2026 00:38:33 +0500 ނިއުސް ޑެސްކް
    ޑޮލަރުގެ ކަޅުބާޒާރުގެ ރޭޓު ބީއެމްއެލް އިން ރަސްމީކޮށްފި: ފައްޔާޒު https://heerasnews.com/4346 https://heerasnews.com/4346 ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް އިންތިހާއަށް ދަނިކޮށް ބީ.އެމް.އެލް އިން ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުމަކީ ބޭރުފައިސާގެ ގާނޫނުތަކާއި ގަވައިދުތައް މުގުރާލުން ކަމަށް ކުރީގެ އެކޮނޮމިކް މިނިސްޓަރ އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

    ދާއިމީ ގޮތެއްގައި ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ކަށަވަރުކަން ހޯދާދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް ނުކުޅެދިފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ބޭރު ފައިސާގެ ގާނޫނުތަކާއި ގަވާއިދުތަކަށް ގޮންޖަހައި، އެ ގަވައިދުތަކާ ގާނޫނުތައް މުގުރާލުމަށް ފާޅުކަން ބޮޑު ގައިރު ގާނޫނީ ކަންތައްތަކެއް ކުރަމުންދާ ކަން ފައްޔާޒު ފާހަގަ ކުރައްވައެވެ. ބީއެމްއެލް އިން މިވަރުގެ ކަމެއް ކުރާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކޮބައިތޯ ފައްޔާޒު ސުވާލު އުފައްދަވައެވެ.

    ރަސްމީ ނިޒާމުގެ ތެރެއިން ހުރި އުނިކަންތައްތައް އިސްލާހުކުރުމުގެ ބަދަލުގައި، ނުވަތަ ދައުލަތުގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމުގެ ބަދަލުގައި، ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ގަންނަން ބީ.އެމް.އެލް އަށް މަޖުބޫރުވެފައިވާ ކަމަށް ފައޔާޒު ވިދާޅުވެއެވެ. "އިންވެސްޓްމަންޓެއް" ކަމަށް ބުނެ ކިތަންމެ ބަހަނާއެއް ދެއްކި ނަމަވެސް، މިއީ އެމް.އެމް.އޭގެ އެއްވެސް ހުއްދައެއް ނެތި، ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު ރަސްމީކުރުން ނޫން ދެވަނަ ކަމެއް ނޫންކަމަށް ފައްޔާޒު ވިދާޅުވެއެވެ. 

    ފައްޔާޒު ވިދާޅުވާ ގޮތުގައި މިކަން މިގޮތަށް ހިނގަމުން މިދަނީ، ދިވެހިން ރާއްޖޭން ބޭރުގެ ބާޒާރުތަކުގައި ކުރާ ހަރަދުތައް ކޮންޓްރޯލްކުރުމަށް އޮޅުންބޮޑު އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. މިއީ ސަރުކާރުގެ ނާގާބިލުކަން ހުރި މިންވަރު ހާމަކޮށްދޭ ސާފު ހެއްކެއް ކަމަށްވެސް ފައްޔާޒު ވިދާޅުވެއެވެ. ބީ.އެމް.އެލް މެދުވެރިކޮށް ގައިރު ގާނޫނީ ގޮތެއްގައި ޑޮލަރު ގަތުމަކީ، ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް އޮތް ހައްލެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

    މިގޮތަށް ކުރާ ހުރިހާ ކަމެއްގެ އަސްލަކީ، ދޮގު ވައުދުތަކެއް ފިޔަވައި ދާއިމީ އެއްވެސް ހައްލެއް ސަރުކާރުގެ އަތުގައި ނެތުން ކަމަށް ވިދާޅުވަމުން ފައްޔާޒް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކާއި ދައުލަތުގެ ކުންފުނިތަކުގެ ބޭރު ފައިސާ، ދަރަނި ދެއްކުމަށް ބޭނުންކޮށްފައި، އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ދަނީ ސިފަކުރަމުން ކަމަށެވެ. ނަމަވެސް އޭގެ ނަތީޖާއަކީ އާންމު ރައްޔިތުން ޑޮލަރު ހޯދުމަށް ދަތިތަކެއްގެ ތެރޭގައި ތަޅުވަން ޖެހުމެވެ. 

    " ބޭންކުން ހޯދަން މަސައްކަތްކުރާ ޑޮލަރު ސުކޫކަކީވެސް ކައިރި މުސްތަގުބަލެއްގައި ހާސިލުވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އަދި ބޭރު ފައިސާގެ މި ދަތިކަމުން އަރައިގަތުމަށް ހަރުދަނާ އެއްވެސް ރޭވުމެއް ނެތެވެ. މިއީ ވަގުތީ ފަރުވާއަކުން ހައްލުވާނެ ކަމެއް ނޫނެވެ. އަދި ކިތަންމެ ވަރަކަށް ކަންކަން ފޮރުވަން އުޅުނަސް، ދާއިމީ ގޮތެއްގައި ހަގީގަތެއް ނުފޮރުވޭނެއެވެ." ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވަނީ އިގުތިސޯދު ރަނގަޅު ކުރެވޭނީ ދުރު ރާސްތާގެ ހަރުދަނާ ސިޔާސަތުތަކާއި ހިންގުންތެރިކަން އިސްކޮށްގެންކަމަށެވެ. 

    އޮނަރަބަލް ފައްޔާޒު މިމޭރުމުން އެކްސްގައި ޕޯސްޓެއްކުރެއްވީ އިންވެސްޓް ކުރުމުގެ ނަމުގައި އާއްމުން އަތުން 19.30 ރިފިޔާއަށް ބީއެމްއެލްއަށް ޑޮލަރެއް ގަންނަން ހަމަޖައްސާ އިއުލާނުކުރުމާއި ގުޅިގެންނެވެ.

    ]]>
    Wed, 01 Jul 2026 01:21:31 +0500 ނިއުސް ޑެސްކް
    ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިޔުމުގެ ނުރައްކާ ބޮޑުވުން https://heerasnews.com/4342 https://heerasnews.com/4342 އިންޑިއާގެ އިރުއުތުރު ސަރަހައްދަށް ކުރަމުންދާ ބޯ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ރޭލު ދަތުރުފަތުރަށް ބުރޫއަރައި، އާސާމްގެ 16000 އަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށްފިއެވެ. އަދި އަރުނާޗަލް ޕްރަދޭޝްއަށް ވަނީ "ރެޑް އެލާޓް" ނެރެފައެވެ.

    މި މަހުގެ ކުރީކޮޅުން ފެށިގެން އަރުނާޗަލް ޕްރަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުންތަކާއި ކުއްލި ކުއްލިއަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، މަގުތަކުގެ ގުޅުން ވަނީ ވަރަށް ބޮޑަށް މެދުކެނޑިފައެވެ.

    އާދިއްތަ ދުވަހުވެސް އިންޑިއާގެ އިރުއުތުރުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެފައިވާއިރު، އާސާމްގެ ދޭމާޖީ ޑިސްޓްރިކްޓްގައި ފެންބޮޑުވުމުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އެ ސަރަހައްދުގެ ކޯރުތަކުގެ އައްސޭރިފަށް ގިރުމުގެ ސަބަބުން ރޭލު ދަތުރުފަތުރުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. 

    ރޭލު ބްރިޖަކަށް ގެއްލުންވުން:

    ދޭމާޖީ ޑިސްޓްރިކްޓްގެ އަރްޗިޕަތާރް އާއި ސިމެން ޗަޕާރީ ސްޓޭޝަނާ ދެމެދު އޮންނަ ރޭލު ބްރިޖެއްގެ ބައެއް، ކޯރުގެ ފެންގަނޑު ބޮޑުވެ އައްސޭރިފަށް ގިރުމުގެ ސަބަބުން ވަނީ ކައްސާލާފައެވެ. ނޯތުއީސްޓް ފްރޮންޓިއާ ރޭލްވޭ (އެން.އެފް.އާރް) އިން ބުނި ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބްރިޖްގެ ތަނބެއް ވަނީ ނުރައްކާތެރި ހާލަތެއްގައެވެ. ފެންބޮޑުވުމާ ގުޅިގެން ރޭލު ދަތުރުތައް ކުރިން މެދުކެނޑާލާފައި އޮތުމުން، އެއްވެސް ރޭލަކަށް ގެއްލުމެއް ނުލިބެއެވެ. އަދި މީހަކަށް އަނިޔާއެއްވެސް ނުވެއެވެ.

    ބަހުގެ ހިދުމަތް ހަމަޖެއްސުން:

    އެން.އެފް.އާރް އިން ވަނީ މުރްކޮންގްސެލެކް އާއި ސިލަޕަތާރް ސެކްޝަނާ ދެމެދު ކުރާ ރޭލު ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. މި މަގުން ދަތުރުކުރާ ރޭލުތައް މިހާރު ދަތުރު ނިންމާނީ އަދި ފަށާނީ ސިލަޕަތާރް އިންނެވެ. ދަތުރުވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން ރޭލްވޭ އިން ވަނީ ބަހުގެ ހިދުމަތް ހަމަޖައްސާފައެވެ. އަދި ދޭމާޖީ، ސިލަޕަތާރް އަދި މުރްކޮންގްސެލެކް ސްޓޭޝަންތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޑެސްކުތައް ވަނީ ގާއިމުކޮށްފައެވެ.

    ދޭމާޖީގެ 16,000 އެއްހާ މީހުންނަށް އަސަރުކުރުން:

    އާސާމް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އޭ.އެސް.ޑީ.އެމް.އޭ) އިން ބުނި ގޮތުގައި ދޭމާޖީ ޑިސްޓްރިކްޓްގެ 69 އަވަށެއްގެ ގާތްގަނޑަކަށް 16,000 މީހުންނަށް ފެންބޮޑުވުމުގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ. އެ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

    އެހީގެ މަސައްކަތްތައް ޗީފް މިނިސްޓަރު ބެއްލެވުން:

    އާސާމްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ވިދާޅުވީ، ފެންބޮޑުވުމުގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުންދާ ކަމަށެވެ. އަދި ވަޒީރުން ކަމަށްވާ ސުޝަންތާ ބޯގޮހައިން އާއި ކޭޝަބް މަހަންތާ، ދޭމާޖީގައި މަޑުކުރައްވައިގެން ރެސްކިއު އޮޕަރޭޝަންތައް ބެއްލެވުމަށް އޭނާ ވަނީ އަންގަވާފައެވެ.

    މަރުކަޒީ ސަރުކާރުގެ އެހީތެރިކަން:

    އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާ ވަނީ އާސާމް، އަރުނާޗަލް ޕްރަދޭޝް، މަނިޕޫރު އަދި ސިއްކިމްގެ ޗީފް މިނިސްޓަރުންނާ ވާހަކަދައްކަވައި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުކަޒީ ސަރުކާރުން ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

    ސަލާމަތީ އިދާރާތައް ތައްޔާރީ ހާލަތުގައި:

    އެން.ޑީ.އާރް.އެފް އާއި އެސް.ޑީ.އާރް.އެފް އަދި ފަޔާ ސާވިސަސް ފަދަ އިދާރާތަކުން ދަނީ ނުރައްކާ އޮތް ސަރަހައްދުތައް މޮނިޓާކޮށް، ހަލާކުވެފައިވާ އިންފްރާސްޓްރަކްޗަރ މަރާމާތުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

    އަރުނާޗަލް ޕްރަދޭޝްގެ ހާލަތު:

    މި މަހުގެ ކުރީކޮޅު ކުރި ވާރޭގައި އަރުނާޗަލް ޕްރަދޭޝްގެ މަގުތައް ބަންދުވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. ހާލުގައި ޖެހިފައި ތިބި ފަތުރުވެރިންނާއި ބަލިމީހުން ހިމެނޭހެން މަދުވެގެން 30 މީހަކު ވަނީ ވައިގެ މަގުން ސަލާމަތްކޮށްފައެވެ. އަދި ކޭއީ ޕަންޔޯރް ޑިސްޓްރިކްޓްގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު 4 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

    ރެސްކިއު އޮޕަރޭޝަންތައް:

    އަރުނާޗަލްގެ ޗީފް މިނިސްޓަރު ޕޭމާ ކާންޑޫ ވިދާޅުވީ ސަރުކާރުން ހާލަތު ބަލަމުންދާ ކަމަށެވެ. ހާލުގައި ޖެހުނު 14 ފަތުރުވެރިއަކު ނަހަރްލަގޫން އަށް ވަނީ ގެންގޮސްފައެވެ. އަދި އިތުރު 11 ފަތުރުވެރިންނާއި ބަލިމީހަކު ދަޕޯރިޖޯ އިން ވަނީ ސަލާމަތްކޮށްފައެވެ. އިންޑިއަން އެއަރ ފޯސް އާއި ސިވިލް އޭވިއޭޝަނުން ވަނީ ހެލިކޮޕްޓަރުގެ ފަސް ދަތުރުކޮށް، ބަންދުވެފައިވާ މުހިންމު މަގުތައް ހުޅުވާފައެވެ.

    ރެޑް އެލާޓް ނެރުން:

    އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައި.އެމް.ޑީ) އިން ވަނީ އަރުނާޗަލް ޕްރަދޭޝްގެ ފަސް ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފައެވެ. އެއީ 24 ގަޑިއިރު ތެރޭގައި 200 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީއެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އާންމުންނަށް ވަނީ އިރުޝާދު ދީފައެވެ.

    ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރުން:

    އައި.އެމް.ޑީ އިން ލަފާކުރާ ގޮތުގައި އިރުއުތުރުގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ބޯކޮށް ވާރޭވެހޭނެއެވެ. އެހެންކަމުން، އިތުރަށް ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، ޒަރޫރީ ހިދުމަތްތަކަށް ބުރޫއެރުމުގެ ފުރުސަތު އޮތުމުން ސަމާލުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

    ]]>
    Mon, 29 Jun 2026 15:47:02 +0500 ނިއުސް ޑެސްކް
    އެއްވެސް މެޗަކުން ބަލިނުވި އީރާން ވޯލްޑްކަޕުން ކަޓުވާލައިފި https://heerasnews.com/4336 https://heerasnews.com/4336 ވޯލްޑް ކަޕްގެ އަނެއް ބުރަށް ދަތުރުކުރުމަށް އީރާނުން ކުރަމުން އައި އުންމީދުތައް، އަލްޖީރިއާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު އެއްވަރުވުމާ ގުޅިގެން ފެނަށް ހިނގައްޖެއެވެ. އޮސްޓްރިއާއިން މެޗުގެ އެންމެ ފަހު ވަގުތު ލަނޑެއް ޖަހައި މެޗު އެއްވަރުކުރުމުން، އީރާނަށް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ގަދަ ތިންވަނަ އަށް ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ގެއްލިފައެވެ.

    އަމީރު ގަލަނޮއީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އީރާން ޓީމު ގްރޫޕް ޖީ ގައި ކުޅުނު ފަހު މެޗުގައި މިދިޔަ ހުކުރު ދުވަހު މިސްރާ ބައްދަލުކޮށް 1-1 އިން އެއްވަރުވުމުން، އެ ޓީމަށް ދެން އޮތީ ހޮނިހިރު ދުވަހުގެ ނަތީޖާތަކަށް އިންތިޒާރު ކުރުމެވެ. ތިން ޕޮއިންޓާއެކު ދެވަނަ ބުރަށް ދެވޭނެތޯ ބެލުމަށް އޮތް އުންމީދަށް ފުރަތަމަ ހުރަސް އެޅުނީ މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި އީރާނުން ޖެހި ލަނޑު އޮފްސައިޑް ކަމަށް ނިންމުމުންނެވެ.

    ގްރޫޕް ސްޓޭޖުގެ އެހެން މެޗުތަކުގެ ނަތީޖާ އީރާނަށް ފަހިވާނެ ކަމަށް ބެލެވުނު ވަގުތެއްވެސް ދިޔައެވެ. އެގޮތުން އޮސްޓްރިއާ އާއި އަލްޖީރިއާ ބައްދަލުކުރި މެޗުގެ ފަހު ވަގުތު އަލްޖީރިއާއިން ލަނޑެއް ޖަހައި 3-2 އިން ކުރި ހޯދުމުން، އީރާނަށް ފުރުސަތު އޮތް ކަމަށް ފެނުނެވެ. ނަމަވެސް، މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް އޮސްޓްރިއާއިން ލަނޑެއް ޖަހައި 3-3 އިން މެޗު އެއްވަރުކުރުމުން، އެ ދެ ޓީމަށް މުބާރާތުގެ ކުރިއަށް ދިއުމުގެ ފުރުސަތު ލިބި، އީރާން މުބާރާތުން ވަކިވާން ޖެހުނީއެވެ. މިއީ ވޯލްޑް ކަޕްގައި އީރާނުން ވާދަކުރި ހަތްވަނަ ފަހަރެވެ.

    ވޯލްޑް ކަޕްގެ މި މުބާރާތުގައި ބެލްޖިއަމް، ނިއުޒީލަންޑް އަދި މިސްރާ ދެކޮޅަށް ކުޅުނު ތިން މެޗުންވެސް އެއްވަރުވެ، އީރާން މުބާރާތުން ވަކިވީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ނަމަވެސް، ދަނޑުން ބޭރުގައި ކުރިމަތިވި ގިނަ ގޮންޖެހުންތަކުގެ ސަބަބުން މިއީ އެ ޓީމަށް ވަރަށް އުނދަގޫ ދަތުރަކަށް ވިއެވެ. ވިސާގެ މައްސަލަތަކާއި، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މުބާރާތުގެ ބޭސް ކޭމްޕް ކަމަށްވާ މެކްސިކޯއިން ކޮންމެ މެޗަކަށް އެމެރިކާއަށް ދަތުރުކުރަން ޖެހުން އީރާން ޓީމަށް ވޭންދެނިވި ތަކްލީފަކަށް ވިއެވެ. 

    އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އީރާން ޓީމަށް ހުއްދަ ދީފައިވަނީ މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން އެ ގައުމަށް އެތެރެވުމަށާއި، މެޗު ނިމޭ ދުވަހު ގައުމުން ބޭރުވުމަށެވެ. ނަމަވެސް ސިއެޓްލްގައި ކުޅުނު ފަހު މެޗުގައި މި ހުރަސްތަކަށް ކުޑަ ލުޔެއް ދީ، މެޗުގެ ދެ ދުވަސް ކުރިން އެތެރެވުމުގެ ހުއްދަ ދިނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާޗް މަހު ވިދާޅުވެފައިވަނީ އީރާނުން ވޯލްޑް ކަޕްގައި ބައިވެރިވުމަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އެމެރިކާގައި އެމީހުން ތިބުމަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

    މިސްރާ ދެކޮޅަށް ކުޅުނު މެޗަށްފަހު، އީރާން ޓީމުގެ ކެޕްޓަން މަހްދީ ތާރޭމީ ވަނީ މި ހާލަތަކީ ލޮޖިސްޓިކަލް "ކާރިސާއެއް" ގެ ގޮތުގައި ސިފަކޮށް، އެމީހުންނަށް މުބާރާތުގައި ހަގީގީ މަރުހަބާއެއް ކިޔާފައިވޭތޯ ސުވާލު އުފައްދާފައެވެ. "އަހަރެމެންނަށް އެހީވާނީ ކާކު؟" ތާރޭމީ ނޫސްވެރިންނާ ސުވާލުކުރިއެވެ. "އަހަރެމެން މުބާރާތުން ބޭރުކުރަން ބޭނުންވާނަމަ، އޯކޭ، ބޭރުކޮށްލާ. އެކަމަކު މިއީ އިންސާފެއް ނޫން." އީރާން ޓީމުގެ ކެޕްޓަން މަހްދީ ބުންޏެވެ.

    ޓީމުގެ މުހިންމު ބައެއް އޮފިޝަލުންނަށް އެމެރިކާއަށް އެތެރެނުވެވުނުއިރު، ކޯޗު ގަލަނޮއީ ބުނީ އޭނާގެ ޓީމަށް ދެމުންދަނީ "އަނިޔާވެރި" ހަމަލާތަކެއް ކަމަށެވެ.

    އެންމެ ފަހުން، އީރާނުގެ މުބާރާތުގެ ނަތީޖާ ބިނާވެގެން ދިޔައީ ހަނިހަނި ފުރުސަތުތަކަކަށެވެ. މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ތާރޭމީއަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރެވުނުނަމަ، ނުވަތަ މެޗުގެ ފަހުކޮޅު އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހުމުގެ ބަދަލުގައި ގޯލަށް ވަތްނަމަ، އީރާނުން މިއަދު އޮންނާނީ ތާރީހީ ގޮތުން ފުރަތަމަ ފަހަރަށް ދެވަނަ ބުރުގެ މެޗަކަށް ތައްޔާރުވާށެވެ. އޮފްސައިޑް ގޯލެއްގެ ބަހަނާގައި މުބާރާތުން ބޭރުކޮށެއް ނުލެވުނީހެވެ.

    ]]>
    Sun, 28 Jun 2026 14:15:23 +0500 ނިއުސް ޑެސްކް
    ގަދަ ހޫނެއް ޔޫރަޕަށް ކުރިމަތިވެ ގިނަ ބަޔަކު މަރުވަނީ https://heerasnews.com/4330 https://heerasnews.com/4330 ޔޫރަޕަށް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ ކާރިސާގައި، މިދިޔަ ހުކުރު ދުވަހު ޖަރުމަނުވިލާތާއި، ބެލްޖިއަމް އަދި ނެދަލޭންޑްސްގައި މީގެ ކުރިން ޖޫން މަހެއްގައި ރެކޯޑު ނުކުރާ މިންވަރަށް ހޫނުމިން މަތިވެއްޖެއެވެ. މި ހޫނުގަދަވުމުގެ ސަބަބުން ސްޕެއިން އާއި ފަރަންސޭސިވިލާތުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސިއްހީ ނުރައްކާތަކަށް ބަލައި ކޮންސެޓްތަކާއި އާންމު އެކި ހަރަކާތްތައް ކަމާބެހޭ ފަރާތްތަކުން ވަނީ ކެންސަލްކޮށްފައެވެ.

    ޖަރުމަނުވިލާތުގެ ތާރީހުގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ މަތީ ހޫނުމިން ކަމަށްވާ 41.3 ޑިގްރީ ސެލްސިއަސް ރެކޯޑުކުރެވިފައިވަނީ ފަރަންސޭސި ބޯޑަރު ކައިރީގައި އޮންނަ ސާބްރޫކަން ސިޓީގައެވެ. ފަރަންސޭސިވިލާތުގައި ވެސް މި ހަފުތާގައި ވަނީ ވިދިވިދިގެން ތިން ދުވަހު އާދަޔާހިލާފަށް ހޫނުމިން މަތިވެފައެވެ. ފަރަންސޭސިވިލާތުގެ ހޫނުމިން މިހާރު ކުޑަކޮށް ދަށްވާން ފެށި ނަމަވެސް، އެ ގައުމުގެ ހެލްތު މިނިސްޓަރު ސްޓެފަނީ ރިސްޓް ވިދާޅުވީ، ގޭގޭގައި މީހުން މަރުވާ މިންވަރު އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

    ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ (ޑަބްލިއު.އެމް.އޯ) ގެ ތަރުޖަމާނު ކްލެއާ ނުލިސް އިންޒާރު ދެއްވި ގޮތުގައި، މީގެ ސަބަބުން ސިއްހަތަށާއި، ތިމާވެއްޓަށާއި، ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. އަދި ހިތާމައާއެކުވެސް މިފަދަ ހާލަތްތަކަށް އާދަވާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

    ޔޫރަޕްގެ ދެކުނުން ފެށުނު މި ހޫނުގަދަވުން މިހާރު ދަނީ މަޑުމަޑުން އުތުރަށާއި އިރުމައްޗަށް ފެތުރެމުންނެވެ. ބެލްޖިއަމްގެ ކްލައިން ބްރޯގަލްގައި 40 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މަތިވެފައިވާއިރު، ނެދަލޭންޑްސްގެ ލިމްބާގް ޕްރޮވިންސްގައި 39.4 ޑިގްރީ ސެލްސިއަސް ވަނީ ރެކޯޑުކުރެވިފައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ ސަފޯކް ސަރަހައްދުގައި ޖޫން މަހުގެ ރެކޯޑު ހޫނުމިނެއް ކަމަށްވާ 37.1 ޑިގްރީ ސެލްސިއަސް ވަނީ ރެކޯޑުކުރެވިފައެވެ. އޭއެފްޕީ ނިއުސް އެޖެންސީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޔޫރަޕް ބައްރުގެ 150 މިލިއަނަށްވުރެ ގިނަ މީހުން ދަނީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީ ހޫނުމިނެއް ތަހައްމަލު ކުރަމުންނެވެ.

    ސްވިޒަލޭންޑްގައި އޮންނަ ބެޒްނޯ ނިއުކްލިއަރ ޕަވަރ ޕްލާންޓުގެ ދެ ރިއެކްޓަރުވެސް ވަނީ ހުކުރު ދުވަހު ހުއްޓާލާފައެވެ. އެއީ ރިއެކްޓަރުތައް ފިނިކުރުމަށް ބޭނުންކުރާ އާރޭ ކޯރުގެ ފެނުގެ ހޫނުމިން 25 ޑިގްރީ ސެލްސިއަސްއަށް އުފުލުމާ ގުޅިގެންނެވެ. މީގެ އިތުރުން، ނެދަލޭންޑްސްގެ ބޮޑު ސަރަހައްދަކަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ނެރެފައިނުވާ ފަދަ "ކޯޑް ރެޑް" އެލާޓެއް ނެރެފައެވެ.

    ސައިންސްވެރިން ބުނާ ގޮތުގައި، ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ހޫނުމިން މިހާރު ހުރީ އާންމުކޮށް މި ދުވަސްވަރު ހުންނަ މިންވަރަށްވުރެ 5 އާއި 12 ޑިގްރީ ސެލްސިއަސް މަތީގައެވެ. ދުނިޔެ ހޫނުވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ޔޫރަޕަށެވެ. ކޮޕަރނިކަސް ކްލައިމެޓް ސާވިސްއިން ބުނާ ގޮތުގައި، ދުނިޔޭގެ އެހެން ބައްރުތަކަށްވުރެ ދެގުނަ ހަލުވިމިނެއްގައި ޔޫރަޕް ދަނީ ހޫނުވަމުންނެވެ.

    މި ހޫނުގެ ސަބަބުން ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ. އެގޮތުން، ކޮލޯން އިން ޕެރިހަށް ދަތުރުކުރި ޔޫރޯސްޓާ ރޭލެއް ހުއްޓި، އޭގައި ތިބި 400 އެއްހާ މީހުން ހޫނުގެ ތެރޭގައި ތާށިވިއެވެ. މީގެ ތެރެއިން ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. ފަރަންސޭސިވިލާތުގައި ހޮސްޕިޓަލްތައް ފުރިފައިވުމުގެ ސަބަބުން، ހަފުތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ޕެރިސް ޕްރައިޑް" މާޗާއި "ސޮލިޑޭސް" މިއުޒިކް ފެސްޓިވަލް ފަދަ ބޮޑެތި ހަރަކާތްތައް ވަނީ ފަސްކޮށް ނުވަތަ ކެންސަލްކޮށްފައެވެ.

    ހޫނުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. ފަރަންސޭސިވިލާތުގައި ހޫނު ގަދަވެގެން ކާރުތަކުގެ ތެރޭގައި ތާށިވެގެން ކުޑަކުދިން މަރުވުމުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި ހޫނުން ސަލާމަތްވުމަށް މޫދަށް އެރުނު މީހުންގެ ތެރެއިން 55 މީހަކު ގެނބިގެން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސްޕެއިންގައި ވެސް ހޫނާ ގުޅުންހުރި ސަބަބުތަކާ ހުރެ 327 މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ.

    ސްވިޒަލޭންޑްގެ ގްލޭޝިއާ (ސްނޯ ފަރުބަދަ) ތައް ދިރާސާކުރާ ޓީމުތަކުން ބުނާ ގޮތުގައި، މި ހޫނުގެ ސަބަބުން ފަރުބަދަތަކުގައި ހުރި ގަނޑުފެންތައް އާދަޔާހިލާފު ހަލުވިމިނެއްގައި ދަނީ ވިރެމުންނެވެ. އާންމުކޮށް އޯގަސްޓް މަހު ވިރެން ފަށާ މިންވަރަށް، މިހާރުވެސް ގަނޑުފެންތައް ވިރެން ފަށާފައިވާ ކަމަށާއި، މިއީ ތާރީހުގައި ވެސް ގަނޑުފެން އެންމެ ބޮޑަށް ވިރިގެންދާނެ އެއް އަހަރަށް ވުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

    ]]>
    Sat, 27 Jun 2026 03:07:22 +0500 ނިއުސް ޑެސްކް
    ޑެތު ވެލީ | އެމެރިކާގައި މަރުގެ ވާދީއެއް އޮންނަކަން އެގޭތަ! https://heerasnews.com/4326 https://heerasnews.com/4326 އެމެރިކާގެ ކެލިފޯނިއާގައި އޮންނަ "ޑެތު ވެލީ" (މަރުގެ ވާދީ) އަކީ އެމެރިކާގެ އެންމެ ހޫނު އަދި އެންމެ ތިރި ސަރަޙައްދެވެ. ޑެތުވެލީ އަކީ އެމެރިކާގެ އިރުދެކުނު ކެލިފޯނިއާގެ އިންޔޯ ކައުންޓީގައި އޮންނަ، ބިމުގެ ގޮތުން އަޑިގަނޑެއްގެ ސިފަ ހުންނަ ތަނެކެވެ. ޑެޓުވެލީއަކީ އުތުރު އެމެރިކާ ބައްރުގައި އޮތް އެންމެ ތިރި، އެންމެ ހޫނުގަދަ އަދި އެންމެ ހަނަފަސް ސަރަޙައްދެވެ.

    ޑެތުވެލީ ނުވަތަ މަރުގެ ވާދީގެ ދިގުމިނުގައި ގާތްގަނޑަކަށް 140 މޭލު (225 ކިލޯމީޓަރު) ހުރެއެވެ. ފުޅާމިނުގައި ހުންނަނީ 5 އިން 15 މޭލު (8 އިން 24 ކިލޯމީޓަރު)އެވެ. މަރުގެ ވާދީގެ ހުޅަނގުން ވަށައިގެންވަނީ ޕެނަމިންޓް ފަރުބަދަތަކެވެ. އިރުމަތީގައި ވަނީ އަމާގޯސާ ފަރުބަދަ ސިލްސިލާގެ ބްލެކް، ފިއުނަރަލް އަދި ގްރޭޕްވައިން ފަރުބަދަތަކެވެ.

    ޖިއޮލޮޖީ ނުވަތަ ބިމުގެ އިލްމުގެ ނަޒަރިއްޔާ:

    ޑެތުވެލީއަކީ އެ ސަރަޙައްދުގައި ހުރި އެހެން އަޑިގަނޑުތަކާ އެއްގޮތް ނަމަވެސް، އޭގެ ފުންމިނުގެ ސަބަބުން ޑެތުވެލީއަކީ ތަފާތު ތަނެކެވެ. ވާދީގެ ބިންގަނޑުގެ ބޮޑު ސަރަޙައްދެއް (ގާތްގަނޑަކަށް 550 އަކަމޭލު) އޮންނަނީ ކަނޑުގެ ލެވެލްއަށްވުރެ ތިރީގައެވެ.

    "ބޭޑްވޯޓާ ބޭސިން" ގެ ނަމުން ނަންދެވިފައިވާ ތަނަކީ ކަނޑުގެ ލެވެލްއަށްވުރެ 282 ފޫޓު (86 މީޓަރު) ތިރީގައިވާ، އުތުރު އެމެރިކާގެ އެންމެ ތިރި ނުކުތާއެވެ. އޭގެ 20 މޭލު ދުރުގައި އެ ސަރަޙައްދުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ "ޓެލެސްކޯޕް ޕީކް" (11049 ފޫޓު އުސް) އޮވެއެވެ.

    ތާރީހާއި އިންސާނުންގެ ހަރަކާތްތައް

    މި ވާދީއަށް "ޑެތު ވެލީ" ނުވަތަ "މަރުގެ ވާދީ" ގެ ނަން ދެވުނީ 1849 ވަނަ އަހަރު މި ސަރަހައްދު ހުރަސްކުރަން އުޅުނު ބަޔަކަށް ދިމާވި ހިތްދަތި ތަޖުރިބާތަކުގެ ސަބަބުންނެވެ. 1870 އާއި 1880 ގެ އަހަރުތަކުގައި މި ސަރަޙައްދުން ރަނާއި، ރިއްސާއި އަދި ބޯރެކްސް ފެނުމާ ގުޅިގެން އެ ހިސާބުގައި މީހުން އާބާދުވާން ފެށިއެވެ.

    ބޯރެކްސް އުފުލުމަށް މަޝްހޫރު "20-މިއުލް ޓީމް" (20 ހިމާރުގެ ޓީމު) ބޭނުންކުރެވުނެވެ. މި މަސައްކަތްތައް ހުއްޓުމުން އެތައް ރަށެއް ފަޅުވެ "ގޯސްޓް ޓައުންސް" ނުވަތަ "ރޫޙާނީ ރަށްތަކުގެ" ގޮތުގައި މިހާރުވެސް ފެންނަން އެބަހުއްޓެވެ. މީގެ މިސާލަކީ 1904 ގައި 10،000 މީހުން އުޅުނު "ރިއޮލައިޓް" އެވެ. އެ ރަށް 1916 ވަނަ އަހަރު އޮތީ އެއްކޮށް ފަޅުވެފައެވެ.

    މާހައުލާއި މޫސުން

    މަރުގެ ވާދީއަކީ ބިމުގެ ފަށަލަތައް ތިރިއަށް ދިއުމުގެ ސަބަބުން އުފެދިފައިވާ ތަނެކެވެ. މި ސަރަޙައްދަކީ ދުނިޔޭގެ ރެކޯޑް މިންވަރަށް ހޫނުގަދަ ތަނެކެވެ. 1913 ވަނަ އަހަރު މިތަނުގެ ހޫނުމިން 57 ޑިގްރީ ސެލްސިއަސް (134 ޑިގްރީ ފެރަންހައިޓް) އަށް އެރިއެވެ. ހޫނު މޫސުމުގައި އާންމުކޮށް 49 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ހޫނުމިން ދެއެވެ. ބިމުގެ ހޫނުމިން 94 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. މި ސަރަޙައްދަށް ވާރޭ ވެހެނީ ވަރަށް މަދުންނެވެ. ބައެއް އަހަރުތަކުގައި އެއްވެސް ވަރަކަށް ވާރޭ ނުވެހި ދެއެވެ.

    ގަސްގަހާގެއްސާއި ދިރުންތައް

    ނުހަނު ހަނަފަސް ތަނެއް ނަމަވެސް، މި ވާދީގައި އެކި ކަހަލަ ދިރުންތައް އުޅެއެވެ. ލޮނުޖެހިގެން މަރުނުވާ ޒާތުގެ ގަސްތަކާއި، ކެކްޓަސް އަދި ހޫނު މޫސުމުގައި ފޮޅޭ ބާވަތް ބާވަތުގެ ވަލު މާތައް މިތަނުން ފެނެއެވެ. އުޅޭ ޖަނަވާރުންގެ ތެރޭގައި މުސަޅު، ކޮޔޯޓީ، ހިޔަޅު އަދި "ޑެޒާޓް ބިގްހޯން" ކިޔާ ފަރުބަދަ ކަންބަޅި ހިމެނެއެވެ.

    މީގެ އިތުރުން 150 އަށްވުރެ ގިނަ ބާވަތުގެ ދޫންޏާއި، ހިންޏާއި، ހަރުފަ އަދި އެހާމެ ނުރައްކާތެރި ފަނިތައްވެސް މި ސަރަޙައްދުގައި އުޅެއެވެ. އަދި މަދުން ނޫނީ ނުފެންނަ "ޕަޕްފިޝް" ކިޔާ މަހުގެ ބާވަތެއްވެސް މިތަނުގެ ބައެއް ފެންގަނޑުތަކުގައި އުޅެއެވެ.

    ޑެތުވެލީ ނޭޝަނަލް ޕާކް

    1994 ވަނަ އަހަރު ގައުމީ ބަގީޗާއެއްގެ ގޮތުގައި ކަނޑައެޅުނު "ޑެތު ވެލީ ނޭޝަނަލް ޕާކް" އަކީ އެމެރިކާގެ އެންމެ ބޮޑު އެއް ޕާކެވެ. މިތަނުގައި ފާހަގަކޮށްލެވޭ ބައެއް ތަންތަނުގެ ތެރޭގައި:

    • ޔުރީކާ ސޭންޑް ޑޫންސް: ކެލިފޯނިއާގެ އެންމެ އުސް ވެލި ފުނި
    • ރޭސްޓްރެކް ޕްލާޔާ: ބޮޑެތި ހިލަތައް އަމިއްލައަށް ބިމުގެ މަތީގައި ދަތުރުކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން އޮންނަ އާދަޔާހިލާފު ތަން
    • ސްކޮޓީސް ކާސަލް: 1920 ގެ އަހަރުތަކުގައި ބިނާކޮށްފައިވާ ބޮޑު ގަނޑުވަރެއް ފަދަ ގެ

    މިހާރު މިސަރަޙައްދަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ސައިންސްވެރިން ޒިޔާރަތްކުރާ މުހިންމު ތަނެކެވެ. 

    ]]>
    Thu, 25 Jun 2026 20:11:48 +0500 ނިއުސް ޑެސްކް
    މަސްތުވާތަކެއްޗާއެކު އުމައިރު އަނެއްކާވެސް ހައްޔަރުކޮށްފި https://heerasnews.com/4323 https://heerasnews.com/4323 ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގ. މޫންލައިޓްވިޔު، މުހައްމަދު އުމައިރު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. އުމައިރާއެކު ލ. ދަނބިދޫ މާޝާ އިބްރާއީމް ވެސް ވަނީ ހައްޔަރުކޮށް ފައެވެ.  

    އަންގާރަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މުހައްމަދު އުމައިރު، ގ. މޫންލައިޓްވިޔު، 58، އާއި މާޝާ އިބްރާހިމް، ލ. ދަނބިދޫ، 38، ކުރިއުރު އެމީހުންގެ އަތުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންނެއެވެ. 

    މާލެއިން އެ ދެ މީހުން ހައްޔަރުކޮށް އެޕާޓްމެންޓް ބަލާ ފާސްކުރިއިރު މަސްތުވާ ތަކެއްޗާއެކު ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހުން އަތުން ފެނުނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއް ކަމެއް ފުލުހުން ނުބުނެއެވެ. 

    މައްސަލައިގައި އެ ދެމީހުުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

    އުމައިރަކީ މަސްތުވާތަކެތި ބޭނުންކޮށް ވިއްކުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަކީ މަސްތުވާތަކެއްޗާއި ގުޅޭ ގިނަ ހުކުމްތަކެއް ތަންފީޒު ކުރެވިފައިވާ ކަމުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.

    ]]>
    Thu, 25 Jun 2026 14:30:47 +0500 ނިއުސް ޑެސްކް
    ފީފާ އިން ވޯލްޑްކަޕް ކޮމަންޓޭޓަރެއްގެ ހުއްދަ ބާތިލްކޮށްފި https://heerasnews.com/4321 https://heerasnews.com/4321 ތުރުކީއާ ދެކޮޅަށް ޕަރަގުއޭ ކުޅުނު މެޗުގައި މިގޭލް އަލްމިރޯންއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، ފީފާއަށާއި މެޗުގެ އޮފިޝަލުންނަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަދެއްކި ފުޓްބޯޅަ ކޮމެންޓޭޓަރެއްގެ ވޯލްޑް ކަޕް އެކްރެޑިޓޭޝަން ފީފާއިން ބާތިލްކޮށްފިއެވެ.

    ޕަރަގުއޭގެ އަލްމިރޯންއަށް ރަތް ކާޑު ދެއްކީ، ދަނޑުމަތީގައި ހިނގާ ކުރިމަތިލުންތަކުގައި ކުޅުންތެރިން އަނގަ ނިވާކޮށްގެން ތިބުން މަނާކުރާ އައު ގަވާއިދާ ހިލާފުވުމުންނެވެ. މި ގަވާއިދުގެ ދަށުން ދަނޑުން ބޭރުކޮށްލި ފުރަތަމަ ކުޅުންތެރިޔަކީ އަލްމިރޯންއެވެ. މި ހާދިސާއާ ގުޅިގެން ލައިވް ޓީވީގައި ވާހަކަދައްކަމުން ދިޔަ ހޯހޭ 'ޗިޕީ' ވޭރާގެ ކޮންޓްރޯލް ނެއްޓި، ނުރަނގަޅު ބަސްމަގު ބޭނުންކުރީއެވެ.

    އަލްމިރޯން ދަނޑުން ބޭރުކޮށްލީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، ތުރުކީގެ މާޓް މުލްޑޫރާ ދިމާލަށް އެއްޗެކޭ ބުނިއިރު އަތުން އަނގަ ނިވާކޮށްގެން ހުރުމުންނެވެ.

    އެކަމާ ރުޅިއައިސްގެން ކޮމެންޓޭޓަރު ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރެފްރީއަކީ "ވަގުން" ކަމަށް ސިފަކޮށްފައެވެ. ޕަރަގުއޭގެ ކުޅުންތެރިއަކު މަދުވުމާ ގުޅިގެން، އެބޭފުޅުން "ފުޓްބޯޅަ މަރާލަނީ" ކަމަށް ބުނެ ތުހުމަތުކުރިއެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އެކަމަށް މާފަށް އެދިފައެވެ. އަދި އޭނާގެ އެކްރެޑިޓޭޝަން ބާތިލްކޮށްފައިވާކަން ހޯމަ ދުވަހުގެ ރޭ 'އެކްސް' މެދުވެރިކޮށް ވަނީ ހާމަކޮށްފައެވެ.

    "ޕަރަގުއޭ އާއި ތުރުކީ ބައްދަލުކުރި މެޗު ބްރޯޑްކާސްޓް ކުރަމުން ދިޔައިރު، އަހަރެންގެ ކޮންޓްރޯލުން ނެއްޓި ބަސްމަގު ގޯސްވި،" މާފަށް އެދުނު ދިގު ބަޔާނުގައި ވޭރާ ބުންޏެވެ. "އަހަރެންގެ ގައުމުގެ ކުޅުންތެރިއަކު ދަނޑުން ބޭރުކޮށްލުމުންނާއި، ގައުމީ ޓީމަށް ބޭއިންސާފުވާ ކަމަށް އިހުސާސް ކުރެވުމުން އައި ރުޅީގައި، ރެފްރީއާއި ފީފާ އަދި އެ އިދާރާގެ އިސްވެރިންނަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކުރެވުނީ"އެވެ.

    ވޭރާ ބުނި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން، ދަނޑުގެ އެތެރޭގައި ނުވަތަ ބޭރުގައިވެސް އޭނާ މަސައްކަތްކުރާ މީޑިއާ އައުޓްލެޓްގެ ވޯލްޑް ކަޕް ކަވަރޭޖްގައި އިތުރަށް ބައިވެރިއެއް ނުވެވޭނެއެވެ. މިކަމާ ގުޅޭގޮތުން ފީފާއިން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެ އިދާރާގެ ކަންކަން ދަންނަ މަސްދަރަކުން ބުނީ، ވޭރާ ބޭނުންކުރި ބަހުރުވަ ބަލައިނުގަނެވޭނެ ކަމަށާއި، އެއީ ޕްރޮފެޝަނަލް ނޫސްވެރިއެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫން ކަމަށް ފީފާއިން ދެކޭ ކަމަށެވެ.

    މަސްދަރުތަކުން ބުނާ ގޮތުގައި، ކުޅިވަރުގެ ގަވާއިދުތަކަށް ފާޑުކިޔުމަކީ ފީފާއިން މައްސަލައަކަށް ހަދާ ކަމެއް ނޫނެވެ. ނަމަވެސް، ވޭރާ ތަކުރާރުކޮށް ފީފާގެ އޮފިޝަލުންނަށް ނިސްބަތްކޮށް ސްޕެނިޝް ބަހުން ބޭނުންކުރި ހުތުރު ބަސްތަކަކީ ކުއްލި ސިހުމެއް ލިބުނު ކަމެކެވެ.

    ފީފާގެ މުބާރާތްތަކުން ނޫސްވެރިން ސަސްޕެންޑް ކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މީގެ ކުރިން ކުރީގެ ރައީސް ސެޕް ބްލެޓާގެ ދައުރުގައި، ފީފާގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރި ނޫސްވެރިޔާ އެންޑްރޫ ޖެނިންގްސް ވަނީ ފީފާގެ ހަރަކާތްތަކުން މަނާކޮށްފައެވެ. ނަމަވެސް އޭނާ ފާހަގަކުރި ގިނަ ކަންތައްތަކަކީ ތެދުކަން ފަހުން އެމެރިކާގެ ކޯޓުތަކުން ވަނީ ސާބިތުވެފައެވެ.

    އޭބީސީ ކާޑިނަލް އަދި އޭބީސީ ޓީވީގައި މަސައްކަތްކުރާ ވޭރާ ވަނީ އެ ޗެނަލްތަކުގެ ސްޕޮންސަރުންގެ ކިބައިން ވެސް މާފަށް އެދިފައެވެ. އަދި ފީފާއަށް މާފަށް އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، ކުރެވުނު ކަންތަކުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް އޭނާ ބުންޏެވެ.

    "ގަވާއިދަކާ މެދު ސުވާލު އުފެއްދުމަކީ ނުވަތަ ރެފްރީގެ ނިންމުމަކާ މެދު އެއްބަސްނުވުމަކީ، އަހަރެންނަށް މިއަދު މިވީ ފަދައިން އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލެންޖެހޭ ސަބަބެއް ނޫން،" އޭނާ އިތުރަށް ބުންޏެވެ. "މި ޕްރޮފެޝަނަށް ބޭނުންވާ ކެތްތެރިކަމާއި އިހުތިރާމް ދެމެހެއްޓުމުގައި އަހަރެން މިވަނީ ނާކާމިޔާބުވެފައި" ވޭރާ ބުންޏެވެ. 

    ]]>
    Wed, 24 Jun 2026 16:35:32 +0500 ނިއުސް ޑެސްކް
    ބޮޑު ކުލިން އަރައިގަތުމަށް ދިރިއުޅުން ބަދަލުކޮއްލި ގަރާޖު https://heerasnews.com/4309 https://heerasnews.com/4309 ބޭރުން ބަލާއިރު އެއީ ހަމަ އާދައިގެ ގަރާޖުގަނޑެކެވެ. ދުވަސްވެ ބާވެފައިވާ، އަޅާނުލާ ދޫކޮށްލާފައިވާ އެތަނަކީ، ފުރިހަމަ ފަރުމާކުރުމުގެ ނަމޫނާއެއް ފެނިދާނެ ފަދަ ތަނެއް ކަމަށް ހީވެސް ނުކުރެވޭނެއެވެ. އަހަރުތަކެއް ވަންދެން އެ ކުޑަ ގަރާޖު ބޭނުން ކުރަމުން އައީ ބާވެފައިވާ ކަރަންޓު ކަތުރުތަކާއި، ދަބަރު ޖަހާފައިވާ ބަގީޗާ ސާމާނާއި، އެތައް ޒަމާނެއް ވަންދެން ނުކަނޑާ ހުރި ކަރުދާސް ފޮށިތައް ބަހައްޓާ ގުދަނެއްގެ ގޮތުގައެވެ. ތަނަކީ އަނދިރި، ކުނިބުނި ގިނަ، އަދި ތެލާއި ބާ ލަކުޑީގެ ވަސް ހިފާފައިވާ ތަނެކެވެ.

    އެހެން ނަމަވެސް އުމުރުން 22 އަހަރުގެ އުފެއްދުންތެރި ޒުވާނެއް ކަމަށްވާ ކްލޯއީއަށް އެއީ ހަމައެކަނި ގުދަނެއް ނޫނެވެ. އެއީ އޭނާގެ ހުނަރު ދައްކާލުމަށް ލިބުނު ޖަވާހިރެކެވެ. އަވަށްޓެރިންނަށް ހީވެފައިއޮތީ އެއީ ހަމައެކަނި ބަންދު ދުވަސްތަކުގައި ކޮށްލާ މަރާމާތެއް ކަމަށެވެ. ނަމަވެސް ކްލޯއީއަށް އެއީ އޭނާގެ އަމިއްލަ މިނިވަން މާހައުލެއް އުފެއްދުމަށް ދެކެމުން އައި ހުވަފެނެއްގެ ހަގީގަތެވެ.

    ކުނިބުނިން ފުރިފައިވާ ގުދަނަކުން އަރާމު ދިރިއުޅުމެއް އުޅެވޭ ފަދަ ލަގްޒަރީ ތަނަކަށް އެތަން ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތަނުގައި ހުރި ބާ އެއްޗެހި ހުސްކޮށް، ތަން ސާފުކޮށް، އެ ކުޑަ ދިގު ދާއިރާއެއްގެ ބިމެއްގައި ދިރިއުޅޭނެ ގޮތެއް ތަސައްވުރު ކުރުމަށް އެތައް މަހެއްގެ ބުރަ މަސައްކަތް ހޭދަވިއެވެ. 

    "އާންމުކޮށް މީހުން މިތަނަށް ސަމާލުކަމެއް ނުދޭ،" ކްލޯއީ ހިނިތުންވުމާއެކު ބުންޏެވެ. "އެކަމަކު ދޮރުން އެތެރެއަށް ވަދެވުމުން، ބޭރު ދުނިޔެމަތިން މުޅިން ހަނދާން ނެތޭނެ." މަޑުމަޑުން ދޮރު ހުޅުވާލަމުން، ބޭރުފުށުން އާދައިގެ ދޮރުގެ ފަހަތުގައި ފޮރުވިފައިވާ ހައިރާންކުރުވަނިވި މަންޒަރު އޭނާ ދައްކާލިއެވެ.

    ދޮރު ހުޅުވާލުމާއެކު އޭނާގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ވަގުތުން ފެނިގެންދެއެވެ. އެއް އިރެއްގައި އަނދިރި، ކުނިބުނި ގިނަ "ކާރު ގަރާޖެއް"ގެ ގޮތުގައި އޮތް ތަން، މިހާރު ފެންނަނީ މުޅިން ތަފާތު، އުޖާލާ މާހައުލެއްގެ ގޮތުގައެވެ. ތަނެއްގެ ބޮޑުމިނަކީ ނުވަތަ އެތަނެއްގެ ކުރީގެ ހާލަތަކީ އެތަނަކުން ނެރެވިދާނެ ފުރިހަމަ ނަތީޖާ ހުއްޓުވޭނެ ކަމެއް ނޫންކަން ސާބިތުކޮށްދޭ ދިރިހުރި މިސާލެކެވެ.

    އެތެރެއަށް ވަދެވުމާއެކު އިހުސާސްވަނީ މުޅިން ތަފާތު އަރާމު މާހައުލެކެވެ. ގާކޮޅުތަކުން ފުރިފައިވާ މަގުން އެތެރެއަށް ވަދެވުމުން އިހުސާސްވަނީ ފެންވަރު ރަނގަޅު ހޮޓަލަކަށް ވަދެވުނު ހެންނެވެ. ތެޔޮ އެޅި ހަޑިވެފައި އޮންނަ ތަޅުންގަނޑާއި ބާވެފައިވާ ބިތްތަކުގެ ބަދަލުގައި މިހާރު ފެންނަން ހުރީ އުޖާލާ މުށިކުލައިގެ ލަކުޑި ތަޅުންގަނޑަކާއި، ހިތްގައިމު ކްރީމް ކުލައިގެ ފާރުތަކެވެ. ކްލޯއީ ވަނީ އެ ހަނި ޖާގަ، އާދައިގެ ކުލަތަކާއި ހިތްގައިމު ފަރުމާކުރުންތައް ބޭނުންކޮށްގެން ތަނަވަސް ތަނެއްގެ ގޮތުގައި ދައްކުވައިދީފައެވެ.

    ސިޓިންގ ރޫމްގެ މެދުގައި ބަހައްޓާފައިވަނީ އަރާމުކޮށްލުމަށް ހާއްސަ ގަދަ ފެހިކުލައިގެ ވެލްވެޓް ސޯފާއެކެވެ. އޭގެ ކުރިމަތީގައި، ބާ ލަކުޑިން ތައްޔާރުކޮށްފައިވާ މޭޒެއް މޮރޮކަން ފާޑުގެ ބޯ ދޫލައެއްގެ މަތީގައި ބަހައްޓާފައި ހުއްޓެވެ. ތަނަށް ގުދުރަތީ އަލި ވައްދައި، ތަނުގެ ދަތިކަން އިހުސާސްވިޔަ ނުދިނުމަށްޓަކައި ފާރުތަކުގައި ބޮޑެތި ކުޑަދޮރުތައް ވަނީ ހަރުކޮށްފައެވެ. ފާރުތަކާއި ސީލިންގުގައި އެލުވާފައިވާ ފެހި ގަސްތަކުން އެ މާހައުލަށް ދިރުމާއި ތާޒާކަން ގެނެސްދެއެވެ.

    "ލައިޓިންގއަކީ އެންމެ މުހިންމު ކަންތައް،" ކްލޯއީ ކިޔައިދިނެވެ. އަލި ބަދަލުކުރެވޭ ގޮތަށް ހަރުކޮށްފައިވާ ބައްތިތަކުގެ އެހީގައި، ދުވާލުގެ މަސައްކަތު މާހައުލަކުން ފެށިގެން ރޭގަނޑުގެ ހިތްފަސޭހަ މަޑު މާހައުލަކަށް އެތަން ބަދަލުކޮށްލެވެއެވެ. އެތަނަށް ބޭނުންކޮށްފައިވާ ކޮންމެ ފަރުނީޗަރަކީވެސް އެތަނުގެ ޖާގައާ ގުޅޭގޮތަށް ވަރަށް ފަރުވާތެރިކަމާއެކު އެކަށައަޅާފައިވާ ތަކެއްޗެވެ. ކްލޯއީގެ ގަރާޖަކީ އެންމެ އިންޗިއެއްވެސް ބޭކާރު ނުކޮށް، ކުޑަ ޖާގައެއްގައި ހިތްހަމަޖެހިގެން ދިރިއުޅެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ފަރުމާއެކެވެ. 

    ]]>
    Sun, 21 Jun 2026 13:12:47 +0500 ނިއުސް ޑެސްކް
    ސިޔާސަތުތައް ބައްޓަން ކުރެވެނީ މަހުޖަނުންގެ ފައިދާއަށް https://heerasnews.com/4302 https://heerasnews.com/4302 ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ގައުމު ހިމެނޭ ޖީ7 ގެ އަހަރީ ސަމިޓް ނިންމާލުމަށްފަހު، އެ ގައުމުތަކުގެ ވެރިން އެނބުރި ގައުމަށް ވަޑައިގަންނަވަނީ އާމްދަނީގެ ފަރަގާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ސަރަހައްދީ ހަމަނުޖެހުންތަކަށް އެދެވޭ ހައްލެއް ނުހޯދިއެވެ. އޭގެ ބަދަލުގައި، ސަމިޓުގައި އިސްކަންދީފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ތެޔޮ އުފައްދާ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނަށް މަރުހަބާ ކިޔުމަށެވެ.

    އޮކްސްފޭމް އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޑިރެކްޓަރު އަމީތާބް ބެހާރް، ޖީ7 ސިފަކުރައްވާފައިވަނީ "ނުފޫޒުގަދަ އަދި މުއްސަނދި މަހުޖަނުންގެ ކުލަބެއްގެ" ގޮތުގައެވެ. އޭނާ ވަނީ އާންމު ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމާއި އިންސާނީ އެހީތެރިކަމަށްވުރެ ބޮޑަށް، ވިޔަފާރިތަކުގެ މަސްލަހަތަށް ސަމިޓުގައި އިސްކަންދީފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

    ފްރާންސްގެ އަލްޕްސް ފަރުބަދަ ސަރަހައްދުގައި ބޭއްވި މި ސަމިޓުގެ ފަހު ދުވަހު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އޭއައި ކުންފުނިތަކުގެ ވެރިން ވަނީ ޖީ7 ގެ ވެރިންނާއެކު މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެ، އޭއައި އާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މީގެ ތެރޭގައި އޯޕަންއޭއައި، އެންތްރޮޕިކް އަދި ގޫގުލް ޑީޕްމައިންޑްގެ ސީއީއޯއިން ހިމެނެއެވެ.

    ފާހަގަކޮށްލެވޭ ގޮތުގައި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ، އެންތްރޮޕިކްގެ އެންމެ ކުރިއަރާފައިވާ އޭއައި މޮޑެލްތައް ބޭރު ގައުމުތަކަށް ބޭނުން ނުކުރެވޭ ގޮތަށް އެމެރިކާ އިން އަމުރުކޮށްފައިވަނީ މި ސަމިޓުގެ މަދު ދުވަސްކޮޅެއް ކުރިންނެވެ. މި ފަރާތްތަކުން ސަމިޓުގައި ބައިވެރިވުމަކީ ދުނިޔޭގެ އެންމެ މުއްސަނދި ފަރުދުންގެ ޖިއޯޕޮލިޓިކަލް ނުފޫޒު ގަދަވަމުންދާކަމުގެ ހެއްކެކެވެ.

    ސަމިޓް ފެށުމުގެ ކުރިން ޖެނީވާގައި ގާތްގަނޑަކަށް 20,000 މީހުން ވަނީ ޖީ7 އާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. އެތަނުން އެއް ބޯޑުގައި ލިޔެފައިވަނީ، "ތިޔަބައިމީހުންގެ ދުޝްމަނުން އަންނަނީ ކަނޑު ބޯޓަކު ނޫނެވެ. އެމީހުން އަންނަނީ އަމިއްލަ ޖެޓްތަކުގައެވެ. ޖީ7 ބޭނުމެއް ނޫނެވެ!"

    ޖީ7 ސަމިޓާ ދެކޮޅަށް އިހުތިޖާޖުގައި ބައިވެރިވި ޕިޕާ ސޯގީ ބުނި ގޮތުގައި، ޖީ7 އަކީ ފަގީރުން ބާކީކޮށް، މުއްސަނދިން އިތުރަށް މުއްސަނދިވާނެ ގޮތްތައް ނިންމުމަށް ބާއްވާ ބައްދަލުވުމެކެވެ. އަދި ސަމިޓުގައި ދެ އަންހެން ލީޑަރުން ތިއްބެވި ނަމަވެސް، މިއީ އަދިވެސް ފިރިހެނުންގެ ބާރުވެރިކަން ދައްކުވައިދޭ ނިޒާމެއް ކަން އޭނާ ފާހަގަކުރިއެވެ.

    އިންޑިއާގެ ނިއުދިއްލީން އޮކްސްފޭމްގެ އެގްޒެކެޓިވް ޑިރެކްޓަރު އަމީތާބް ބެހާރް ވިދާޅުވި ގޮތުގައި، ދުނިޔޭގައި ކާބޯތަކެއްޗާއި، ތެލާއި، އަދި ގަސްކާނާގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ދަނޑިވަޅެއްގައި، މިފަދަ "މަހުޖަނުންގެ ކުލަބަކުން" ބާއްވާ ބައްދަލުވުމަކުން ހަގީގީ ހައްލެއް ނުފެންނާނެއެވެ. ރައީސް ޓްރަމްޕް ފަދަ ލީޑަރުންގެ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކާއި ޖެންޑާ ފަދަ މުހިންމު މައްސަލަތައް އެޖެންޑާއިން އުނިކޮށްލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

    އިންސާނީ އެހީގެ ދާއިރާއިން ބޮޑެތި އުނިކުރުންތަކެއް އައިސްފައިވާކަން ފާހަގަކުރަމުން އަމީތާބް ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް 48 ބިލިއަން ޑޮލަރުގެ އެހީ ކަނޑާލާފައިވާ ކަމަށެވެ. މީގެ ސަބަބުން ފަގީރު ގައުމުތަކުގެ އާންމު ހިދުމަތްތައް ހުއްޓި، ދަރަނި ބޮޑުވެ، މީހުން މަރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިދިކޮޅަށް، ހަނގުރާމަ ފެށުނު ފަހުން ޖީ7 ގައުމުތަކުގެ ހަކަތައިގެ ދާއިރާގެ 48 ބިލިއަނަރުންގެ މިލްކިއްޔާތަށް 23.5 ބިލިއަން ޑޮލަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

    ގައްޒާގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީތާބް ވިދާޅުވީ، ގައްޒާއަށް ބޭނުންވަނީ ހަމައެކަނި ކުޑަ އެހީއެއް ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް ބޭނުންވަނީ އިންސާނީ ކަރާމާތާއި، ރައްކާތެރިކަމާއި، އަދި އަލުން އާރާސްތުކުރުން ކަމަށެވެ.

    ނިންމާލަމުން އޭނާ ވިދާޅުވީ، ދުނިޔޭގެ ލީޑަރުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮތް ގުޅުން ކެނޑިފައިވާ ކަމަށެވެ. ސިޔާސަތުތައް ބައްޓަން ކުރެވެނީ މަހުޖަނުންގެ ފައިދާއަށް ކަމަށާއި، ތަކެތީގެ އަގުބޮޑުވުމާއި އާންމުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުން ފަދަ އަސާސީ މައްސަލަތައް އެޖެންޑާގައި ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

                        

    ]]>
    Fri, 19 Jun 2026 10:54:54 +0500 ނިއުސް ޑެސްކް
    ރާހުލް ގާނދީއަކީ އިދިކޮޅު އެއްބައިވަންތަކަން ބަލިކަށިކުރާ ލީޑަރެއް https://heerasnews.com/4301 https://heerasnews.com/4301 ދިގު މުއްދަތެއްގެ ވަންދެން، ޓަމިލްނާޑޫގެ ދްރަވިޑިއަން ސިޔާސީ މަސްރަޙުގައި ކޮންގްރެސް އޮތީ ވަރަށް ތަފާތު މަގާމެއްގައެވެ. ޓަމިލްނާޑޫގެ ދްރަވިޑިއަން ސިޔާސީ މަސްރަޙުގައި ކޮންގްރެސް އަކީ ޑީ.އެމް.ކޭ އަށް ނުރައްކާވާ ވަރަށްވުރެ ބަލިކަށި، ނަމަވެސް ދޫކޮށްލަން ނުކެރޭހާ ބޭނުންތެރި، އަދި ހަމަހަމަ ބާރެއްގެ ގޮތުގައި މުއާމަލާތް ނުކުރެވޭހާ ޑީ. އެމް. ކޭ އަށް ބަރޯސާވެފައި އޮތް ޕާޓީއެކެވެ. މި ގުޅުން އެތައް އިންތިހާބަކުއްސުރެ ދެމިއޮތީ ދެފަރާތަށްވެސް އޭގެ ފައިދާ އެނގޭތީއެވެ. އެގޫޅުމަށް ކޮންގްރެސްއިން ގައުމީ ހައިބަތު ގެނެސްދޭއިރު، ދެން ހުރި ހުރިހާ ކަމެއް ފޯރުކޮށްދެނީ ޑީ.އެމް.ކޭ އިންނެވެ.

    ނަމަވެސް، މިހާރު އެ ގުޅުން މިވަނީ ނިމުމަކަށް އައިސްފައެވެ. މި ވަކިވުން ކިހާ ހިތްދަތިވެފައިވާކަން ދެނެގަތުމަށްޓަކައި، އާދީއްތަ ދުވަހު ޝާއިޢުކުރި ޑީ.އެމް.ކޭ ގެ ރަސްމީ ނޫސް 'މުރަސޯލީ' ގެ އެޑިޓޯރިއަލް ކިޔާލުން ފުދެއެވެ.

    'މުރަސޯލީ' ގެ އެޑިޓޯރިއަލް އަކީ ހަމައެކަނި ރާހުލް ގާނދީއަށް އަމާޒުކޮށްދިން ހަމަލާއެއް ނޫނެވެ. މިއީ ކޮންގްރެސްގެ މެންބަރުން ޑީ.އެމް.ކޭ އިސްވެ އޮންނަ ކޯލިޝަން ދޫކޮށް، ވިޖޭގެ ސަރުކާރާ ގުޅުމުން، އެއީ ސިޔާސީ ގޮތުން ވެވުނު ހިޔާނާތެއްގެ ގޮތުގައި ޑީ.އެމް.ކޭ އިން ދެކޭކަން ހާމަކޮށްދިނުމަށް ކުރި މަސައްކަތެކެވެ.

    އެޑިޓޯރިއަލްގައި އުފައްދާފައިވާ މައިގަނޑު ސުވާލަކީ ވަރަށް ސާދާ ސުވާލެކެވެ. ޑީ.އެމް.ކޭ އިން ތުހުމަތުކުރާ ގޮތުގައި، ރާހުލް ގާނދީ އިދިކޮޅު އިއްތިޙާދުގެ އެއްބައިވަންތަކަމަށް އެތައް އަހަރެއް ވަންދެން ހުރަސްއަޅުއްވަމުން ގެންދަވާއިރު، އެއްބައިވަންތަކަމާ ބެހޭގޮތުން އެހެން މީހުންނަށް ނަސޭޙަތް ދެއްވަނީ ކިހިނެއް ހެއްޔެވެ؟ 

    'މުރަސޯލީ' ގެ އެޑިޓޯރިއަލްގައި ފާހަގަކޮށްފައިވަނީ 'އިންޑިއާ' ބްލޮކްގައި ހިމެނޭ ސަރަޙައްދީ ޕާޓީތަކުގެ މެދުގައި އާންމުވަމުންދާ ޝަކުވާއެކެވެ. އެއީ ރާހުލް ގާނދީ ގައުމީ ފެންވަރުގައި އެއްބައިވަންތަކަމުގެ ވާހަކަ ދެއްކެވި ނަމަވެސް، ސްޓޭޓްތަކުގައި ގެންގުޅުއްވަނީ ތަފާތު ސިޔާސަތެއް ކަމެވެ. މިސާލެއްގެ ގޮތުން ކެރެލާ ފާހަގަކޮށްފައިވެއެވެ.

    ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަންއާއި ސީ.ޕީ.އައި(އެމް) އަށް ރާހުލް ތަކުރާރުކޮށް ދެއްވި ހަމަލާތަކާއި، ވިއަވަތި (ލެފްޓް) ޕާޓީތަކާއި ބީ.ޖޭ.ޕީ އާ ދެމެދު "ސިއްރު އެއްބަސްވުމެއް" އޮތް ކަމަށް ކުރެއްވި ތުހުމަތުތައް އެޑިޓޯރިއަލްގައި ހަނދާންކޮށްދީފައިވެއެވެ. މިއީ ކޮމިއުނިސްޓް ލީޑަރުން ވަރަށް ބޮޑަށް ކޯފާވި ކަމެކެވެ.

    އެންމެ ފަހުން ބޭއްވުނު 'އިންޑިއާ' އިއްތިޙާދުގެ މަޝްވަރާތަކުގައި، ސީ.ޕީ.އައި(އެމް) ގެ ލީޑަރުން މިކަމާ ބެހޭގޮތުން ރާހުލްއާ ސީދާ ސުވާލުކުރެއްވި ކަމަށްވެއެވެ. މުރަސޯލީގެ ލިޔުމުގައި، ސީ.ޕީ.އައި(އެމް) ގެ މެންބަރު ޖޯން ބްރިޓާސްގެ ބަސްތައް ނަކަލުކޮށްފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ބީ.ޖޭ.ޕީ އާ ދެކޮޅަށް ވިއަވަތި ޕާޓީތަކުން ކުރާ މަސައްކަތަށް ކޮންގްރެސްގެ އާނބަހެއް ބޭނުމެއް ނުވެއެވެ. އަދި ރާހުލްގެ ވާހަކަފުޅުތަކަކީ "ސިޔާސީ ނުކުޅެދުންތެރިކަން" ކަމަށް ސީ.ޕީ.އައި ގެ ޖެނެރަލް ސެކްރެޓަރީ ޑީ. ރާޖާ، ސިފަކުރެއްވި ކަމަށްވެސް ބުނެފައިވެއެވެ.

    މައްސަލައަކީ ހަމައެކަނި ކެރެލާއާ ގުޅުންހުރި ކަމެއް ނޫނެވެ. ސަރަޙައްދީ ޕާޓީތަކުން ގަބޫލުކުރާ ގޮތުގައި، ޕާލަމެންޓް އިންތިހާބުގައި ކޮންގްރެސްއިން އެއްބައިވަންތަކަމަށް އެދޭއިރު، ސްޓޭޓް އިންތިހާބުތަކުގައި އަމަލުކުރަނީ ވާދަވެރިއެއްގެ ގޮތުގައެވެ.

    'މުރަސޯލީ' އެޑިޓޯރިއަލްގެ އެންމެ ވަރުގަދަ ޖުމްލައަކީ، ސްޓޭޓްތަކުގައި އެ ޕާޓީތައް ބަލިކަށިކުރަން މަސައްކަތްކުރުމަށްފަހު، ގައުމީ ފެންވަރުގައި ބީ.ޖޭ.ޕީ ބަލިކުރުމަށް އެހީތެރިވުމަށް ކޮންގްރެސްއިން އެދޭ އެދުމެވެ. މާނައަކީ، ކޮންގްރެސް ބޭނުންވަނީ ދިއްލީގައި އިއްތިޙާދަކަށް ވެފައި، އެހެން ހުރިހާ ތަނެއްގައި ވާދަވެރިއަކަށް ވުމަށެވެ. ނަމަވެސް ޑީ.އެމް.ކޭ ގެ އަސްލު ރުޅިވެރިކަން އޮތީ ކެރެލާއަކަށް ނޫނެވެ. އެއީ ޓަމިލްނާޑޫއާ މެދުގައެވެ.

    2026 ގެ އިންތިހާބުގައި ޑީ.އެމް.ކޭ އިއްތިޙާދުގެ ތެރެއިން ކޮންގްރެސްއިން ފަސް ގޮނޑި ކާމިޔާބުކުރިއެވެ. ނަމަވެސް ހަފުތާތަކެއްގެ ތެރޭގައި އެ މެންބަރުން ވިޖޭގެ ކޯލިޝަން ސަރުކާރާ ގުޅުނެވެ. ޑީ.އެމް.ކޭ ގެ ލީޑަރުންނަށް މިއީ ހަމައެކަނި ސިޔާސީ ބަދަލެއް ނޫނެވެ. މިއީ އެކަނިވެރިކޮށްލުމެކެވެ.

    އެޑިޓޯރިއަލްގައި ތަކުރާރުކޮށް ބުނެފައިވަނީ، މިފަދަ ކަމެއް ކޮންގްރެސްގެ އިސްވެރިންނަށް ނޭނގި ނުވަތަ އެބޭފުޅުންގެ ރުހުން ނެތި ނުހިނގާނެ ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ތުހުމަތެކެވެ. އެއީ މިއީ ހަމައެކަނި މެންބަރުންތަކެއް ނިންމި ނިންމުމެއްގެ ބަދަލުގައި، ރޭވިގެން ހިންގި "ބަގާވާތެއްގެ" ގޮތުގައި ސިފަވާތީއެވެ.

    'މުރަސޯލީ' ގެ އެޑިޓޯރިއަލުން ފެންނަ އަސަރުގަދަ ރާގަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މީގެ ކުރިން ޑީ.އެމް.ކޭ އިން އެންމެ ވަރުގަދަ ހަމަލާތައް އަމާޒުކުރަނީ ބީ.ޖޭ.ޕީ ނުވަތަ އޭ.އައި.އޭ.ޑީ.އެމް.ކޭ ފަދަ ވާދަވެރިންނަށެވެ. ނަމަވެސް މިހާރު ރާހުލް ގާނދީއާ މެދު ވާހަކަ ދައްކަނީ ކުރިން ދުޝްމަނުންނަށް ބޭނުންކުރި ބަހުރުވައިންނެވެ.

    އެޑިޓޯރިއަލްގައި ރާހުލް ސިފަކޮށްފައިވަނީ އިދިކޮޅު އެއްބައިވަންތަކަން ބަލިކަށިކުރާ ލީޑަރެއްގެ ގޮތުގައެވެ. އަދި އަހިލޭޝް ޔާދަވް އާއި ތޭޖަސްވީ ޔާދަވް ފަދަ ލީޑަރުންގެ ހުރި ހިތްހަމަނުޖެހުންތައް މިސާލެއްގެ ގޮތުގައި ދައްކައި، ކޮންގްރެސްއާ މެދު އޮތް ނުރުހުން މުޅި އިންޑިއާއަށް ފެތުރިފައިވާކަން ހާމަކުރަން މަސައްކަތްކޮށްފައިވެއެވެ.

    ޑީ.އެމް.ކޭ އިން ބޭނުންވަނީ 'އިންޑިއާ' އިއްތިޙާދަށް ދިމާވެފައިވާ މައްސަލައަކީ ފިކުރީ ތަފާތުވުމެއް ނޫން ކަމަށާއި، އެއީ ކޮންގްރެސްގެ އަމަލުތަކުގެ ސަބަބުން ދިމާވި ކަމެއްކަން ދެއްކުމަށެވެ. އަދި މި ލިޔުމުގައި މަލާމާތުގެ ރާގުވެސް އެކުލެވިގެންވެއެވެ. ހާއްސަކޮށް، "ލޯޑް ޝިވާ ވިހަ ބުއި ފަދައިން" ކޮންގްރެސްއިން ފާޑުކިޔުންތައް ތަހައްމަލު ކުރަންޖެހޭނެ ކަމަށް ރާހުލް ވިދާޅުވި ވާހަކައަށް ވަރަށް ބޮޑަށް މަލާމާތްކޮށްފައިވެއެވެ.

    އެޑިޓޯރިއަލްގައި ބުނެފައިވާ ގޮތުގައި، ރާހުލް ބޭނުންކުރެއްވި މިސާލުންވެސް އޭނާގެ ދައުވާ ބާތިލުވެއެވެ. ވާހަކައިގައިވާ ގޮތުން ޝިވާ އަކީ ވިހަ އުފެއްދި ފަރާތެއް ނޫނެވެ، އޭނާ ހަމައެކަނި އެ ބުއީއެވެ. އިދިކޮޅު އިއްތިޙާދުގެ ތެރޭގައި މިހާރު ވިހަ ފެތުރިފައިވާނަމަ، އެ ވިހަ އެންމެ ފުރަތަމަ އުފެއްދީ ކާކުތޯ އެ ނޫހުން ސުވާލު އުފައްދައެވެ. މި ހުރިހާ ވާހަކަތަކެއްގެ ފަހަތުގައި އޮތީ ބޮޑު ސިޔާސީ ހަގީގަތެކެވެ.

    ވިޖޭގެ ކުރިއެރުމާއި ޓީ.ވީ.ކޭ އިސްވެ އޮންނަ ސަރުކާރެއް އުފެދުމުން ޓަމިލްނާޑޫގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އޭ.އައި.އޭ.ޑީ.އެމް.ކޭ ބައިބައިވެ، ކޮންގްރެސް ސަރުކާރާ ގުޅި، އެހެން ޕާޓީތައްވެސް ދަނީ އެމީހުންގެ ސިޔާސަތުތައް މުރާޖައާ ކުރަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އިދިކޮޅު ސިޔާސީ މައި މަރުކަޒުގެ ގޮތުގައި އޮތް ޑީ.އެމް.ކޭ އަށް، މިހާރު ވަނީ ކުރިއާ އަޅާބަލާއިރު އެކަނިވެރިކަމެއް އިހުސާސްކުރަން ޖެހިފައެވެ. މި އެކަނިވެރިކަމަކީ މި ހަމަލާ މިހާ ވަރުގަދަވާން ދިމާވި މައިގަނޑު ސަބަބެވެ.

    ނޫހުގެ އެޑިޓޯރިއަލް އަމާޒުކޮށްފައިވަނީ ރާހުލް ގާނދީއަށް ކަމަށް ފެނުނު ނަމަވެސް، މިއީ ހަގީގަތުގައި ޑީ.އެމް.ކޭ އާ ބެހޭގޮތުން ލިޔެފައިވާ ލިޔުމެކެވެ. މިއީ އެ ޕާޓީ އިސްވެ އޮވެ އުފެއްދި އިއްތިހާދެއް މިހާ އަވަހަށް ރޫޅިގެން ދިޔަ ގޮތް ތަފްސީލުކޮށްދިނުމަށާއި، ވަފާތެރިކަން އޮތީ ހަމައެކަނި އެއް ފަރާތަކުންކަން ޕާޓީގެ މެންބަރުންނަށް ވިސްނައިދިނުމަށް ކުރި މަސައްކަތެކެވެ. އަދި ޕާޓީގެ ބާރު ކުޑަވެގެން ދިޔަ ސިޔާސީ ބަދަލުތަކުގެ ޒިންމާ އެހެން ފަރާތެއްގެ ބޮލުގައި އެޅުވުމަށް ކުރި މަސައްކަތެކެވެ.

    އެތައް އަހަރެއް ވަންދެން ކޮންގްރެސްއަކީ ޑީ.އެމް.ކޭ ގެ އެހީތެރިއެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިއަދު 'މުރަސޯލީ' ނޫހުގެ ސަފުހާތަކުން ފެންނަނީ ކޮންގްރެސްއަކީ ތަކުރާރުކޮށް ކުށްކުރާ ފަރާތެއްގެ ގޮތުގައި ސިފަކޮށްފައިވާ މަންޒަރެވެ. މިއީ އެ އެޑިޓޯރިއަލްއިން ދޭ އެންމެ މުހިންމު މެސެޖު ކަމުގައި ވެދާނެއެވެ. ޑީ.އެމް.ކޭ އިން މިހާރު ވާހަކަދައްކަމުން ދަނީ ދެން އަލުން ގުޅުމަކީ ވާނެ ކަމެއް ނޫން ކަމަށް ބަލައިގެންނެވެ. އެބޭފުޅުންގެ ރާގު ހުރީ މި ގުޅުން މުޅިން ނިމުމަކަށް އައިސްފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށެވެ.

    ]]>
    Fri, 19 Jun 2026 10:17:23 +0500 ނިއުސް ޑެސްކް
    މުޅި ދުނިޔޭގައިވެސް އެންމެ މަދު ގަސް: ޕެނަންޝިއާ ބޭލިސިއާނާ https://heerasnews.com/3763 https://heerasnews.com/3763 ޕެނަންޝިއާ ބޭލިސިއާނާ (Pennantia baylisiana) އަކީ ނިއުޒިލޭންޑްގެ ތުރީ ކިންގްސް އައިލެންޑްސް އަށް ނިސްބަތްވާ، ނެތިދިއުމުގެ ބިރު އިންތިހާއަށް އޮތް، ދުނިޔޭގައިވާ އެންމެ މަދު ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެކެވެ. މި ބާވަތުގެ އެންމެ ގަހެއް މެނުވީ ގުދުރަތީ މާހައުލުން ފެންނާކަށް ނެތެވެ. މިއީ ދިރުންތަކުގެ ހިތްވަރާއި، ތިމާވެށީގެ ނިޒާމުތަކުގެ ނާޒުކުކަން އަންގައިދޭ ރަމްޒެކެވެ. މި ގަހުގެ ހައިރާންކުރުވަނިވި ތާރީހުގެ ސަބަބުން ކާނާ ބޮޓަނިސްޓުންނާއި ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުގެ ސަމާލުކަން ވަނީ މި ގަސް ހިމާޔަތްކުރުމަށް ހުއްޓިފައެވެ.

    ގިންތިކުރުމާއި ސިފަ

    ޕެނަންޝިއާ ބޭލިސިއާނާ ނިސްބަތްވަނީ ޕެނަންޝިއޭސީ އާއިލާއަށެވެ. މި ގަހަށް ނަންދެވިފައިވަނީ ނިއުޒިލޭންޑްގެ ބޮޓަނިސްޓެއް ކަމަށްވާ ޖީ.ޓީ.އެސް ބޭލިސްއަށް ނިސްބަތްކޮށެވެ. އޭނާގެ ޝަރަފުގައެވެ. އާންމުގޮތެއްގައި ގަސްގަހުގައި ފިރިހެން މަލާއި އަންހެން މާ އަޅަނީ ވަކިވަކި ގަސްގަހުގައެވެ. ނަމަވެސް، މިހާރު ފެންނަން ހުރި ހަމައެކަނި ގަހަކީ ދެ ޖިންސުގެ މާ އެއްގަހެއްގައި އަޅާ ގަހަކަށް ވުމުން، އަމިއްލައަށް ދަރިމައިވުމުގެ ގާބިލުކަން އެ ގަހަށް ލިބިގެންވެއެވެ.

    މިއީ ފެހިކަން ގަދަ، އޮފް އަރާ ފަތްތަކެއް ހުންނަ ކުޑަ ގަހެކެވެ. މި ގަހުގައި މީރުވަސްދުވާ ހުދުކުލައިގެ ކުދި މާ ބޮނޑިތަކެއް އަޅާއިރު، މާ ފޭބުމުން ހެވާގަނޑުގައި ކަޅުކުލަ ހުންނަ މޭވާއެއް އަޅައެވެ. މި ގަހުގެ ރީތިކަމަށްވުރެ ބޮޑަށް، މީގެ މުހިންމުކަން ގުޅިފައިވަނީ މި ބާވަތުގެ ގަސް ދުނިޔޭގައި މަދުވުމާއެވެ.

    ފެނުމާއި ހިމާޔަތްކުރުމުގެ ހާލަތު

    މި ބާވަތުގެ ގަސް އެންމެ ފުރަތަމަ ފެނުނީ 1945 ވަނަ އަހަރު، ތުރީ ކިންގްސް އައިލެންޑްސްގެ ތެރޭގައި ހިމެނޭ ގްރޭޓް އައިލެންޑުންނެވެ. މިއީ ޕްރޮފެސަރު ޑަބްލިއު. އާރް. ބީ. އޮލިވަރ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ދިރާސާ ދަތުރެއްގައެވެ. އެ ޓީމަށް ފެނުނީ އުސް، ހިލަ ގިނަ ސަރަހައްދެއްގައި ހުރި އެންމެ ގަހެކެވެ. މި ގަހަކީ އެއްދުވަސްވަރެއްގައި ވަރަށް ގިނައިން ފެންނަން ހުރި ބާވަތެއްގެ އެންމެ ފަހު ނިޝާން ކަމަށް ބެލެވޭތީ، މިއީ ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ މައިގަނޑު އަމާޒަކަށް ވެގެންދިޔައެވެ.

    އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ އިން މި ގަސް ވަނީ ނެތިދިއުމުގެ ބިރު އިންތިހާއަށް އޮތް ބާވަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ގަސް ނެތިދިއުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި އުޅޭ މާހައުލު ގެއްލުމާއި، އެހެނިހެން ބާވަތްތަކުގެ ގަސްތަކާ ވާދަކުރަން ޖެހުމާއި، އަދި ޖެނެޓިކް ސިންދަފާތު މަދުވުން ހިމެނެއެވެ.

    ހިމާޔަތްކުރުމުގެ މަސައްކަތްތައް

    މި ގަސް ފެނުނުތާ މާގިނަ ދުވަސްތަކެއް ނުވެ، މިއީ ހިމާޔަތްކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ގުދުރަތީ މާހައުލުގައި ހުރި ގަހުން އޮށާއި ގަސްކަނޑައިގެން ގެންގޮސް، ބޮޓަނިކަލް ގާޑަންތަކުގައާއި ދިރާސާ ކުރާ މަރުކަޒުތަކުގައި ވަނީ އާލާކޮށްފައެވެ. ޖެނެޓިކް ގޮތުން ހުރި ގޮންޖެހުންތަކާއެކުވެސް، މި ޕްރޮގްރާމްތަކުގެ އެހީގައި މިހާރު ވަނީ އާ ގަސްތަކެއް އިންދައި އާލާކުރުމުގައި ކާމިޔާބީތަކެއް ހޯދާފައެވެ.

    މީގެ އިތުރުން، ނިއުޒިލޭންޑްގެ ޑިޕާޓްމަންޓް އޮފް ކޮންޒަވޭޝަނުން ދަނީ ގްރޭޓް އައިލެންޑުގައި މި ގަސް ހުރި މާހައުލު ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. މީގެ ތެރޭގައި އެ ސަރަހައްދަށް ގެއްލުންދޭ ބޭރުގެ ގަސްތައް ނައްތާލުމާއި ތިމާވެށި ހަލާކުވިޔަނުދީ ހިފެހެއްޓުން ހިމެނެއެވެ.

    ތިމާވެށީގެ އަދި ސަގާފީ މުހިންމުކަން

    ޕެނަންޝިއާ ބޭލިސިއާނާ އަކީ މުޅި ތިމާވެށީގެ ނިޒާމު އެއަށް ބުރަވާ މުހިންމު ބާވަތަކަށް ނުވިނަމަވެސް، ދިރުންތަކުގެ ސިންދަފާތު ދެމެހެއްޓުމުގައި މީގެ މުހިންމުކަން ބޮޑެވެ. މިއީ ކިތަންމެ މަދު އަދި މުހިންމު ނޫން ކަމަށް ފެންނަ ބާވަތެއް ނަމަވެސް، ކޮންމެ ދިރުމަކީވެސް ތިމާވެށީގެ ނިޒާމުގައި ދައުރެއް އަދާކުރާ އެއްޗެއްކަން ހަނދާންކޮށްދޭ ދިރުމެކެވެ.

    ސަގާފީ ގޮތުން ބަލާއިރު، މި ގަހަކީ ނިއުޒިލޭންޑްގެ ގުދުރަތީ ތަރިކައިގެ މުހިންމު ބައެކެވެ. މި ގަހުގެ ވާހަކައިން ދޭހަވަނީ ގުދުރަތީ ނިޒާމުގެ ނާޒުކު ބެލެންސާއި، ތަފާތު ބާވަތްތައް ނެތިދިއުމުން ސަލާމަތްކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މުހިންމުކަމެވެ.

    ޕެނަންޝިއާ ބޭލިސިއާނާގެ މުސްތަގުބަލު

    ގުދުރަތީ މާހައުލުގައި މި ބާވަތުގެ ގަސް ހުރީ ނުރައްކާތެރި މިންވަރަކަށް މަދުކޮށް ކަމުގައި ވިޔަސް، އާލާކޮށްގެން ހައްދާފައިވާ ގަސްތަކުގެ ސަބަބުން މި ބާވަތް ދެމިއޮންނާނެ ކަމުގެ އުންމީދު އެބައޮތެވެ. ޖެނެޓިކް ދިރާސާތަކާއި ކޮންޒަވޭޝަން ބަޔޮލޮޖީގެ ކުރިއެރުންތަކުގެ އެހީގައި، ކުރިއަށް އޮތް ތަނުގައި ޖެނެޓިކް ގޮތުން ތަފާތު ގަސްތައް އަލުން ގުދުރަތީ މާހައުލަށް ނެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

    ޕެނަންޝިއާ ބޭލިސިއާނާ އަކީ ދިރުންތަކުގެ ނާޒުކުކަމާއި ހިތްވަރުގަދަކަން އަންގައިދޭ ބާރުގަދަ ރަމްޒެކެވެ. މި ގަސް ދެމިހުރުމަކީ ދުނިޔޭގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. މި ގަސް ސަލާމަތްކުރުމުން، ހިމާޔަތްކުރަނީ ހަމައެކަނި ގަހެއް ނޫނެވެ؛ އެއީ ދުނިޔޭގެ ގުދުރަތީ ތަރިކައިގެ މުހިންމު ބައެކެވެ.

    ]]>
    Fri, 19 Jun 2026 08:15:45 +0500 ނިއުސް ޑެސްކް
    މާލެ ބަދަލުކޮށްލާނެ ރިތިންކް މާލެސިޓީ ޕްރޮޖެކްޓް https://heerasnews.com/4285 https://heerasnews.com/4285 ޝެރެޓް ސްޓޫޑިއޯ އާ ހަވާލުކޮށްގެން މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ރީތިންކް މާލެ ސިޓީ" މަޝްރޫއުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެމްބަރުންނާ ހިއްސާކޮށްފިއެވެ.

    "ރީތިންކް މާލެ ސިޓީ" ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި، އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މާލެސިޓީ ބައްޓަން ކުރުމުގެ މި މުހިންމު މަޝްރޫއުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަން ކުރިއަށްދިޔައީ މީރުމާ ހޮޓަލުގައެވެ.

    މަޝްރޫއާ ގުޅޭގޮތުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މިއީ ހަމައެކަނި ކައުންސިލުން އެކުލަވާލާ ޕްލޭނެއް ނޫން ކަމަށެވެ. މިއީ މާލޭގެ ހުރިހާ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

    125،000 އަށްވުރެ ގިނަ އުޅަނދު ދުއްވާ ކުޑަކުޑަ މާލެސިޓީއަށް ހުށަހެޅިފައިވާ އިސްލާހުތަކަކީ މިހާރުން މިހާރަށް ބޭނުންތެރި ކަންތައްތަކެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ. ޕްލޭން މަސައްކަތް ކާމިޔާބުކުރުމުގައި އާންމު ރައްޔިތުންނާއި އަމިއްލަ މުއައްސަސާތަކުގެ އެއްބާރުލުން ނުހަނު ބޭނުންވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

    ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހިފައިވާ އަދި ތިމާވެށީގެ ގޮންޖެހުންތައް ބޮޑު އެއް ސިޓީގެ ގޮތުގައި އޮތް މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ފަރުމާކުރެވިފައިވާ ފުރިހަމަ މަސައްކަތެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފް ކުރެއްވިއެވެ. މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ސާވޭތަކުގެ ނަތީޖާއިން މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހިތްފަސޭހަ ފެހި މައިދާންތައް އިތުރުކުރުމަށް ކަން ރައީސް ނަޝިދު ފާހަގަ ކުރެއްވިއެވެ.

    އިސްތިރާޖީ ޕްލޭން ބިނާވެފައިވަނީ ތިމާވެށި، އިގްތިސާދު އަދި އިޖުތިމާޢީ ދާއިރާއާ ގުޅޭ 7 މުހިންމު ކަމެއްގެ މައްޗަށެވެ.

    • ދުވެލި ހަލުވި ސިޓީއެއް: އަމިއްލަ އުޅަނދުތަކަށް ބަރޯސާވުން ކުޑަކޮށް، އާންމު ދަތުރުފަތުރާއި ހިނގައިފައި އުޅޭ މީހުންނަށް އިސްކަންދިނުން.
    • ހިތްފަސޭހަ ފެހި ސިޓީއެއް: ގަސް އިންދުން އިތުރުކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައި، ހޫނުމިން ކުޑަކުރުން.
    • ބަދަލުތަކަށް އިޖާބަދޭ ސިޓީއެއް: މީހުން ދިރިއުޅޭ ސަރަހައްދުތަކާ ނުގުޅޭ ސިނާޢީ މަސައްކަތްތައް އެހެން ތަންތަނަށް ބަދަލުކުރުން.
    • ފާގަތި ސިޓީއެއް: އިގްތިސާދީ ހާއްސަ ޒޯންތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ފަދަ ސަރަހައްދުތައް ކަނޑައެޅުން.
    • އެންމެންގެ ސިޓީއެއް: ހުރިހައި ފަންތިއެއްގެ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އިޖުތިމާޢީ މައިދާންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން
    • އަމިއްލަވަންތަކަން ހުރި ސިޓީއެއް: މާލޭގެ ޒަމާނީ ބިނާތަކާއި އާސާރީ ތަންތަން ރައްކާތެރިކޮށް، ސަގާފީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން.
    • ރައްކާތެރި ސިޓީއެއް: އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުވެފައިވާ މާލެއެއް ބިނާކުރުން.

    އިސްތިރާޖީ ޕްލޭން އެކުލަވައިލުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން އޮކްޓޫބަރު 2025 ގައި ބޭއްވުނު ފުރަތަމަ ސެޝަނުގައި 78 ބައިވެރިން ބައިވެރިވިއެވެ. ޑިސެމްބަރު މަހު ބޭއްވުނު ވޯޓިންގް ސެޝަނުގައި 61 ފަރާތަކުން ހިޔާލު ދީފައިވެއެވެ.

    • އޮންލައިންކޮށް ކުރިއަށްގެންދިޔަ ސާވޭއަށް ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިޖާބަ ދީފައިވެއެވެ.

    ]]>
    Tue, 16 Jun 2026 12:51:26 +0500 ނިއުސް ޑެސްކް
    ޝާހިދުގެ އެއްބާރުލެއްވުން ނަޝިދަށް ދެއްވާނެ https://heerasnews.com/4280 https://heerasnews.com/4280 އެމްޑީޕީގެ ޗެއަރޕަރސަން (އިލެކްޓް) ރައީސް މުހައްމަދު ނަޝީދާ އާއި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ބައްދަލު ކުރައްވައިފިއެވެ. މިއަދު އޮތް މިބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދަށް އޮނަރަބަލް ޝާހިދު މަރުހަބާ ދެންނެވިއެވެ. 

    މިއަދުގެ ބައްދަލުވުމުގައި ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީން ސަރުކާރު ޖަވާބުދާރީކުރުވުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ދެބޭފުޅުން ކުރެއްވެވިއެވެ.  

    އެމްޑީޕީގެ ޙަރަކާތްތައް އިތުރަށް ވަރުގަދަކޮށް، 2028 އަށް ޕާޓީގެ ސަފުތައްް ރުކުރުވާލުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އޮނަރަބަލް ޝާހިދު އެރުއްވެވިއެވެ.
    އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ރައީސް ނަޝީދު އިންތިހާބުވެ ވަޑައިގަތުމާއި ގުޅިގެން އެމްޑީޕީ ލީޑަރޝިޕްގެ ބޭފުޅުންނާ ރައީސް ނަޝީދު ވަދައިގަންނަވަނީ ވަކިވަކީން ބައްދަލު ކުރައްވަމުންނެވެ. 
    ]]>
    Sun, 14 Jun 2026 15:50:23 +0500 ނިއުސް ޑެސްކް
    ސިޔާސީ ލީޑަރަކު އަނިޔާވެރި ގޮތަކަށް މަރާލައިފި https://heerasnews.com/4279 https://heerasnews.com/4279 ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަރަހައްދީ ގޮފި، އޯބީސީ ވިންގުގެ ލީޑަރެއް ކަމަށްވާ ވިނޯދު ކަޝްޔަޕް އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ. ވިނޯދު ކަޝްޔަޕް މަރާލާފައިވަނީ އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ ޑެހްރާޑޫންގެ ވިކާސްނަގަރު ސަރަހައްދުގައި ހުންނަ އަމިއްލަ ގޭގައެވެ. 

    ވިނޯދު ކަޝްޔަޕް މަރާލި ހާދިސާ

    • ހާދިސާ ހިނގި ގޮތް:

    ހާދިސާ ހިނގަން މެދުވެރިވީ، ބައިރާގީވާލާ އަވަށުގައި ފެން ފޯރުކޮށްދިނުމާއި ހޮޅި އެޅުމުގެ މަސައްކަތާ ގުޅޭގޮތުން މިއަދު ހެނދުނު ހިނގި ބޮޑު ހަމަނުޖެހުމަކާ ގުޅިގެންނެވެ.

    • ހަމަލާދިނުން:

    ހަމަނުޖެހުން ހިނގި ވަގުތު، އިދިކޮޅު ހަތިޔާރު އެޅި ބަޔަކު ކަޝްޔަޕްގެ ގެއަށް ވަދެގަނެ، އޭނާއަށާއި އޭނާގެ އާއިލާގެ މެންބަރުންނަށް ބަރު އެއްޗެއްސާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

    • ލިބުނު ގެއްލުންތައް:

    ހަމަލާގައި ކަޝްޔަޕްގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. މީގެ އިތުރުން، އޭނާގެ އާއިލާގެ ތިން މީހަކަށް (ދެ ކޮއްކޮއާއި ފަހަރިއަކަށް) ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެ މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

    ފަހުގެ ހާލަތާއި ފުލުހުންގެ ފިޔަވަޅު

    • ބަދަލުހިފުން:

    ކަޝްޔަޕް މަރުވި ހަބަރާއެކު، އެ ސަރަހައްދުގެ ރުޅިއައިސްފާ ތިބި ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ހަމަނުޖެހުން ހިންގައި، މަރުގެ މައްސަލައިގައި އިސްކޮށް ތުހުމަތުކުރެވޭ މީހާގެ ގެއަށް ގާ އުކައި، އެގޭގައި ވަނީ އަލިފާން ރޯކޮށްފައެވެ.

    • ފުލުހުންގެ ހަރަކާތްތައް:

    ހާދިސާއާ ގުޅިގެން މަސްލަހަތު ގާއިމުކުރުމަށްޓަކައި ފުލުހުންގެ ބޮޑު ފައުޖެއް މިހާރު ވަނީ އެ އަވަށުގައި ހަރަކާތްތެރިވާން ފަށާފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ މި މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ނަން ހާމަކޮށްފައިވާ ތިން މީހެއްގެ އިތުރުން، ހަމަނުޖެހުމުގައި ބައިވެރިވި ކާކުކަން ނޭނގޭ 25 މީހެއްގެ މައްޗަށް މަރުގެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.                  

    ]]>
    Sun, 14 Jun 2026 15:29:13 +0500 ނިއުސް ޑެސްކް
    6 ރައީސުންގެ ޒާތީ އެތައް ކަމެއް ދޮންނައަށް ފެނިލައްވާނެ: ރައީސް ސޯލިހު https://heerasnews.com/4241 https://heerasnews.com/4241 އިބްރާހީމް ޙަލީމް (ދޮންނަ) ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅެވެއްޖެއެވެ.

    އިބްރާހީމް ހަލީމަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރެއްވި ހާދިމެކވެ. ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި ހަލީމް ދައުލަތަށް ހިދުމަތް ކުރެއްވި 50 އަހަރު ތެރެއިން، 40 އަހަރަށް ވުރެ ގިނަދުވަހު، ދެމި ހުންނެވީ 2 ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 6 ރައީސުންނަށް ހިދުމަތް ކުރެއްވުމުގައި މުލީއާގޭގައެވެ.

    މައިގަނޑު ގޮތެއްގައި ކުރެއްވި ކަމަކީ ސުފުރާމަތި ބެލެހެއްޓެވުން ކަމަށާއި ރައީސް ސޯލިހު މުލީއާގޭގައި އުޅުއްވި އިރުވެސް އެ ހިދުމަތުގައި ދެމި ހުންނެވިކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

    ކޮންމެ ދުވަހަކުހެން ދޮންނަ އާއި ބައްދަލުވެވަޑައިގަންނަވާ ކަމަށް  ރައީސް ސޯލިދާޅުވިއެވެ.

    6 ރައީސުންގެ ދުވަހުގެ ޒާތީ އެތައް ކަމެއް ދޮންނައަށް ފެނިލައްވާފައި ހުންނާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

    ރައީސް ސޯލިހު ވިދާޅިވީ ހަލީމްއަކީ ވަރަށް ތެދުވެރިކަމާ، އަމާނާތްތެރިކަމާއެކު ހިދުމަތް ކުރެއްވި ބޭފުޅެކަމަށެވެ.

    މަރުހޫމް ހަލީމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވުމަށް ރައީސް ސޯލިހު ދުއާ ދަންނަވައެވެ. 

    ]]>
    Wed, 03 Jun 2026 08:08:39 +0500 ނިއުސް ޑެސްކް
    ފެންބޮޑުވި ހޮހަޅައިގާ ތާށިވި ފަސްމީހަކު ހަފްތާއެއް ފަހުން ދިރިތިއްބާ ފެނިއްޖެ https://heerasnews.com/4229 https://heerasnews.com/4229 ލާއޯސްގެ ފެންބޮޑުވެފައިވާ ހޮހަޅައެއްގެ ތެރޭގައި ހަފުތާއެއް ވަންދެން ތާށިވެފައި ތިބި ފަސް މީހަކު ސަލާމަތުން ތިއްބާ ފެނިއްޖެއެވެ.

    ހުސްވި ހަފްތާގައި ލާއޯސްއަށް ކުރި ބޯ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ފެންބޮޑުވި ހޮހަޅައެއްގެ ތެރޭގައި ތާށިވި ފަސް މީހަކު، އެތައް ދުވަހަކު ބަންދުވެފައި ތިއްބާ ސަލާމަތްކުރާ ފަރާތްތަކުން ހޯދައިފިއެވެ. މި ހާދިސާގައި އެ މީހުންނާއެކު ތިބި އިތުރު ދެ މީހަކު އަދިވެސް ނުފެންނަ ކަމަށް، މި މަސައްކަތުގައި ހަރަކާތްތެރިވާ ލާއޯސް އާއި ތައިލެންޑުގެ ރެސްކިއު ޓީމުތަކުން މައުލޫމާތުދެއެވެ.

    މި ހަތް މީހުންނަކީ ލާއޯސްގެ މެދުތެރޭގެ ޒައިސޮމްބޫން ޕްރޮވިންސަށް ނިސްބަތްވާ ބަޔެކެވެ. އެ މީހުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ހޮހަޅައަށް ވަނީ ރަނާއި ޖަނަވާރު ހޯދުމަށެވެ. ނަމަވެސް، ހޮހަޅައިގެ ދޮރު ބަންދުވުމުގެ ސަބަބުން އެ މީހުންނަށް ބޭރަށް ނިކުމެވޭގޮތް ވަނީ ނުވެފައެވެ.

    ސަލާމަތްކުރާ ފަރާތްތަކުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ފަރާތްތަކުން ހަރަކާތްތެރިވަމުން ދިޔައީ ފެންބޮޑުވެ، ކިސަޑުން ފުރިފައިވާ ހަނި މަގުތަކެއްގެ ތެރޭގައެވެ. "ރެސްކިއު ވޮލަންޓިއާ ފޯ ޕީޕަލް" ގެ ފަރާތުން ވާހަކަދެއްކި ބޫންހަމް ލުއަންގްލާތު ބުނި ގޮތުގައި، ގެއްލިފައިވާ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. "އަދިވެސް އަހަރެން މިހުރީ ބިރުން ގަނޑުވެފައި. މިއީ އަހަރެމެންގެ ޓީމުން ކުރި ވަރަށް ބޮޑު މަސައްކަތެއް،" އޭނާ ފޮނުވި އަޑުގެ މެސެޖެއްގައި ބުނެފައިވެއެވެ.

    ސަލާމަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބިމުގެ އަޑިއަށް ވަރަށް ފުންކޮށް ދެމިގެން ގޮސްފައިވާ މި ހޮހަޅަ ނިޒާމަކީ އިންތިހާއަށް ހަނި ތަނެކެވެ. މީގެ ބައެއް ދިމާދިމާލުގައި ހުންނަނީ އެންމެ 50 ސެންޓިމީޓަރު (20 އިންޗި) އެވެ.

    "އަހަރެމެންނަށް ފަސް މީހަކު ސަލާމަތުން ފެނިއްޖެ. އެންމެންގެ ހާލުވެސް ރަނގަޅު،" ރެސްކިއު ވޮލަންޓިއާ ފޯ ޕީޕަލް އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ.

    ތައިލެންޑުގެ ރެސްކިއު މަސައްކަތްތެރިއެއް ކަމަށްވާ ކެންގްކަޗް ބަންގްކަވޮންގް ފޭސްބުކްގައި ބުނި ގޮތުގައި، މި މީހުން ފެނިފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 16:30 ހާއިރުއެވެ. ފިންލޭންޑުގެ މާހިރު ޑައިވަރެއް ކަމަށްވާ މިކޯ ޕާސީ ބުނި ގޮތުގައި، މި މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. ސަބަބަކީ ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެފައި އޮތުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރު އޮތުމާއި، އަދި ވައި ނުސާފުވުމުގެ ނުރައްކާ އޮތުމުންނެވެ. އޭނާ ލަފާކުރާ ގޮތުގައި މި ހަތް މީހުން ތާށިވެފައި ތިބީ ހޮހަޅައިގެ ދޮރުން ފެށިގެން ގާތްގަނޑަކަށް 300 މީޓަރު (984 ފޫޓު) އަޑީގައެވެ.

    މި މީހުން ހޮހަޅައަށް ވަނީ ވެރިރަށް ވިއެންޓިއާންއާ 120 ކިލޯމީޓަރު އުތުރުގައި އޮންނަ ސަރަހައްދަކުންނެވެ. އެ ސަރަހައްދުގެ ރެސްކިއު މަސައްކަތްތެރިއެއް ކަމަށްވާ ބައެންގް ބުނި ގޮތުގައި، އެއީ ވަކި މީހެއްގެ މިލްކިއްޔާތުގައި އޮންނަ ތަނެއް ނޫން ކަމުން، އާންމުން އެތަނަށް ގޮސް ކާނާ ހޯދުމަށާއި އެކި ބޭނުންތަކަށް ވަޅު ކޮނެ ހަދައެވެ.

    މި އޮޕަރޭޝަނުގައި ބައިވެރިވި ކެންގްކަޗް އަކީ، 2018 ވަނަ އަހަރު ތައިލެންޑުގެ ޗިއަންގް ރާއީ ޕްރޮވިންސުގެ ހޮހަޅައެއްގައި ތާށިވި 12 ކުޑަކުދިންނާއި އެ ކުދިންގެ ފުޓްބޯޅަ ކޯޗު ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނުގައިވެސް ބައިވެރިވި މީހެކެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު އެ ހާދިސާއާ ގުޅިގެން "ތާރޓީން ލައިވްސް" އަދި "ދަ ރެސްކިއު" ފަދަ ފިލްމުތަކާއި ޑޮކިއުމެންޓްރީތައް ވެސް ވަނީ އުފައްދާފައެވެ.

    ]]>
    Thu, 28 May 2026 08:31:38 +0500 ނިއުސް ޑެސްކް
    487 މީހުނަށްފަހު ގުނުން ހުއްޓާލި: ބައިވެރިޔާގެ އިއްފަތް ފޭރުވި ބޭންކްމެނޭޖަރ ޖަލަށް https://heerasnews.com/4228 https://heerasnews.com/4228 ފަރަންސޭސިވިލާތުގެ ބޭންކު މެނޭޖަރެއް ކަމަށްވާ ގުއިލޯމް ބޫޗީ، އޭނާގެ ކުރީގެ ބައިވެރިޔާއަށް ހަތް އަހަރު ވަންދެން ޖިސްމާނީ އަދި ޖިންސީ އަނިޔާކޮށް، ރޭޕްކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މި އަނިޔާތަކުގެ ސަބަބުން އަނިޔާ ލިބުނު އަންހެންމީހާ ނުކުޅެދުންތެރި ހާލަތަކަށް ގޮސްފައިވާއިރު، މި މައްސަލައިގެ ތެރެއިން ބިރުދެއްކުމާއި، މަޖުބޫރުން ހަށިވިއްކުވުމުގެ ބިރުވެރި އަމަލުތަކެއް ވަނީ ފަޅާއަރާފައެވެ.

    51 އަހަރުގެ ބޫޗީ، އޭނާގެ ލޯބިވެރިޔާ ލެޓީޝިއާ އާރް (42 އަހަރު) އަށް މި ބޮޑެތި އަނިޔާތައް ދީފައިވަނީ "ސެކްސް ގޭމް" ތަކެއްގެ ނަމުގައި އޮޅުވާލައިގެންނެވެ. އޭނާ ވަނީ އޮންލައިންކޮށް ހޯދާ ނުދަންނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގުމަށް ލެޓީޝިއާއަށް މަޖުބޫރުކޮށްފައެވެ. 2015 ވަނަ އަހަރުގެ ކްރިސްމަސް ދުވަހުގެ ރޭ، މަގުމަތީގައި ހުންނަ ސާވިސް ސްޓޭޝަނަކަށް ގޮސް ނުދަންނަ މީހުންނަށް އަމިއްލަ ހަށިގަނޑު ހުށަހެޅުމަށް ބޫޗީ އަމުރުކުރިއެވެ. އެ ވަގުތު އޭނާ ހުރީ ފޯނުން އެ މަންޒަރު އަޑުއަހާށެވެ.

    ބޫޗީ ވަނީ އޭނާގެ ރަހުމަތްތެރިންނާއި، މަސައްކަތުގެ ބައިވެރިން އަދި ނުދަންނަ މީހުންނަށް ލެޓީޝިއާގެ ހަށިގަނޑު ވިއްކައި، އެމީހުންގެ ލިސްޓެއް ބެލެހެއްޓުމަށްވެސް އަންގާފައެވެ. ލެޓީޝިއާ ކޯޓުގައި ދިން ބަޔާނުގައި ބުނީ، އޭނާއަށް މަޖުބޫރުކޮށްގެން ގެނައި ފިރިހެނުންގެ އަދަދު 487 އަށް އެރުމުން، އެ އަދަދު ގުނުން ހުއްޓާލި ކަމަށެވެ.

    މި މައްސަލައިގެ ޝަރީއަތް ސިއްރުކުރުމަށް ބޫޗީ އެދުނު ނަމަވެސް، ލެޓީޝިއާ ވަނީ އެކަމަށް އިންކާރުކޮށް، އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އޭނާ ބުނި ގޮތުގައި މި ހިތްވަރު ލިބުނީ، ފަރަންސޭސިވިލާތުގައި މިފަދަ އަނިޔާތަކާ ދެކޮޅަށް ތެދުވި ޖިސޭލް ޕެލިކޯގެ ފަރާތުންނެވެ.

    ޝަރީއަތުގެ މަޖިލީހުގައި ލެޓީޝިއާ ކިޔައިދިން ގޮތުގައި، 2015 އިން 2022 އަށް އޭނާ ދިރިއުޅެމުންދިޔައީ ބޫޗީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި، ނުހަނު ބިރުވެރިކަމެއްގެ ތެރޭގައެވެ. ބޫޗީ އޭނާއާ މުއާމަލާތްކުރީ އަޅެއްގެ ގޮތުގައި ކަމަށާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަށް މަޖުބޫރުކުރި ކަމަށް އޭނާ ބުންޏެވެ. މިގޮތުން، އެދެމީހުންގެ ދަރިފުޅު ވިހެއުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ އެންމެ ދުވަހެއްގެ ތެރޭގައިވެސް، ލޮރީ ޑްރައިވަރަކާއެކު ޖިންސީ އަމަލު ހިންގުމަށް ބޫޗީ ވަނީ އޭނާއަށް މަޖުބޫރުކޮށްފައެވެ.

    "އަހަރެންގެ އެތެރެހަށި މަރުވަމުންދާހެން ހީވި،" ކަރުނާއާއެކު ލެޓީޝިއާ ކޯޓުގައި ބުންޏެވެ. "ކޮންމެ އައު އަނިޔާއެއް ކުރިމަތިވާއިރު، އަހަރެންގެ ނަފްސުގެ ބައެއް ދާއިމަށް ހަލާކުވެގެންދާ ފަދަ އިހުސާސެއް ކުރެވުނު." ކަމަށް އޭނާ ބުންޏެވެ.

    ބޫޗީ ބައެއް އަމަލުތަކަށް އިއުތިރާފުވި ނަމަވެސް، އޭނާ ދިފާއުގައި ބުނީ އެއީ ދެމީހުންގެ ރުހުމުގައި، ޖިންސީ ގުޅުމުގެ ތެރެއިން ހިންގި "ކުޅިވަރުތަކެއް" ކަމަށެވެ. އަދި އޭނާގެ ބައިވެރިޔާއަށް އަނިޔާއެއް ލިބޭ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް ބުންޏެވެ. ނަމަވެސް، ޕްރޮސެކިއުޓަރުން ވަނީ ބޫޗީ ފޮނުވާފައިވާ މެސެޖުތަކާއި ރެކޯޑިންގްތައް ހުށަހަޅާފައެވެ. އެ ހެކިތަކުން ސާފުވި ގޮތުގައި، ބޫޗީގެ އަމުރުތަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ މަރާލާނެ ކަމަށް ބުނެ އޭނާ ދިޔައީ ލެޓީޝިއާއަށް ބިރުދައްކަމުންނެވެ. އެހެންކަމުން، ލެޓީޝިއާ އެ ހުރިހާ ކަމެއް ކުރީ މަޖުބޫރުވެގެންކަން ޝަރީއަތަށް ސާބިތުވިއެވެ.

    މީގެ އިތުރުން، ލެޓީޝިއާ ލައްވައި މަޖުބޫރުން ހަށިވިއްކުވި ކަމަށްވެސް ބޫޗީ ވަނީ އިއުތިރާފުވެފައެވެ.

    ދައުލަތުގެ ވަކީލުން އެދިވަޑައިގަތީ ބޫޗީއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ އޭނާގެ ފަރާތުން އެހެން އަންހެނަކަށްވެސް މިފަދަ ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.

    މި މައްސަލަ ބެލުމަށްފަހު ކޯޓުން ހުކުމްކުރީ ބޫޗީ 25 އަހަރަށް ޖަލަށްލުމަށެވެ. އަދި އޭނާގެ ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުގެ ކުރިން، ކަފާލާތުގެ ދަށުން މިނިވަންވުމަށް އެދުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

    ]]>
    Thu, 28 May 2026 07:29:45 +0500 ނިއުސް ޑެސްކް
    އަންހެން ފުލުހަކު ހިންގި ސިއްރު އޮޕަރޭޝަނެއްގައި 40 ފިރިހެނުން މައްލައުކޮށް ގޯނާކުރަން އުޅުނު https://heerasnews.com/4221 https://heerasnews.com/4221 އިންޑިއާގެ ހައިދަރުއާބާދުގެ މަލްކަޖްގިރީ ޕޮލިސް ކޮމިޝަނަރު ވީ. ސުމަތީ، ދަންވަރުގެ ވަގުތެއްގައި ދިލްސުކްނަގަރު ބަސް ހުއްޓީގައި ސިއްރު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ރޭގަނޑު ވަގުތުތަކުގައި ފުލުހުން ކުރާ ޕެޓްރޯލްގެ ފެންވަރު ބެލުމަށާއި، އެކަނި ދަތުރުފަތުރުކުރާ އަންހެނުންނަށް ކުރިމަތިވާ ނުރައްކާތައް ދެނެގަތުމަށް ހިންގި އޮޕަރޭޝަނެކެވެ.

    މަގުމަތީގައި އަންހެނުންގެ ރައްކާތެރިކަން އޮތް މިންވަރު ވަޒަންކުރުމަށްޓަކައި ހިންގި މި ސިއްރު އޮޕަރޭޝަނުގައި، އައި.ޕީ.އެސް އޮފިސަރު ސުމަތީ ވަނީ ދަންވަރު 12:30 އިން ފެށިގެން 3:30 އާ ހަމައަށް އާންމު ދަތުރުވެރިއެއްގެ ގޮތުގައި ބަސް ހުއްޓީގައި މަޑުކޮށްފައެވެ. ފުލުހުންގެ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، ދަންވަރުގެ ވަގުތުތަކުގައި އަންހެނުންނަށް ކުރިމަތިވާ ހަގީގީ ހާލަތު ބެލުމަށްޓަކައި އޭނާ އެ ސަރަހައްދުގައި ހުރީ އެކަނިމާއެކަންޏެވެ.

    އޭނާ އެތާ ހޭދަކުރި ތިން ގަޑިއިރުގެ ތެރޭގައި ފެނިގެންދިޔައީ ކަންބޮޑުވާންޖެހޭ ފަދަ މަންޒަރުތަކެކެވެ. އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ގާތްގަނޑަކަށް 40 ފިރިހެނުން އޭނާއާ މައްލައުކޮށް ގޯނާކުރަން މަސައްކަތް ކުރިއެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، މީގެ ތެރޭގައި މަސްތުވާތަކެއްޗާއި ރަލުގެ ނުފޫޒުގައި ތިބި މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޒުވާނުންނާއި، ދަރިވަރުން އަދި އަމިއްލަ ވަޒީފާތަކުގައި އުޅޭ މީހުންވެސް ހިމެނޭ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.

    މި އޮޕަރޭޝަނުގެ ބައެއްގެ ގޮތުގައި އާންމު ހެދުމުގައި ކައިރީގައި ތިބި ފުލުހުންގެ ޓީމުތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ، ޝައްކު ކުރެވޭ ގޮތަކަށް އުޅުނު މީހުންނާއި ބަސް ހުއްޓީގައި ތިބެ އުނދަގޫ ކުރި މީހުން ހިފަހައްޓާފައެވެ. ފުލުހުން ބުނި ގޮތުގައި، އަންހެނުންނަށް ގޯނާކުރުމާއި އާންމު މަސްލަހަތު ގެއްލޭ ފަދަ އަމަލުތައް ހިންގި މީހުންނާ މެދު ވަނީ ގާނޫނީ ފިޔަވަޅު އަޅާފައެވެ.

    މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރޭގަނޑު ޕެޓްރޯލް ކުރުން ހަރުދަނާކުރުމާއި، އާންމު ތަންތަނުގެ ތެރެއިން ނުރައްކާ އޮތް ތަންތަން ދެނެގަތުމެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގެ ތެރެއިން ހިފެހެއްޓުނު މީހުންނަށް ކައުންސެލިންގް ދިނުމާއި، އަންހެނުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

    ހިފެހެއްޓުނު މީހުންގެ ވަނަވަރާއި އެމީހުންނާ މެދު އެޅޭ ގާނޫނީ ފިޔަވަޅުތަކުގެ އިތުރު ތަފްސީލު ފުލުހުންގެ އިދާރާއިން ހާމަކުރާނެ ކަމަށް ބެލެވެއެވެ.      

    ]]>
    Sun, 24 May 2026 22:47:10 +0500 ނިއުސް ޑެސްކް
    ހޮހަޅަށް ފީނި މީހުންގެ މަރާގުޅޭ ކުށުގެ ތަހުގީގު އިޓަލީން ފަށައިފި https://heerasnews.com/4220 https://heerasnews.com/4220 ރާއްޖޭގައި ހިނގި ނުރައްކާތެރި ކޭވް ޑައިވިންގް ހާދިސާގައި އިޓަލީގެ ފަސް ރައްޔިތަކު މަރުވި މައްސަލައިގައި، އިހުމާލުން މީހަކު މެރުމުގެ ކުށުގެ ތަހުގީގެއް އިޓަލީގެ ޕްރޮސެކިއުޓަރުން ފަށައިފި ކަމަށް އެ ގައުމުގެ ހަބަރުތަކުން ރިޕޯޓްކޮށްފިއެވެ.

    ރޯމްގެ ޕްރޮސެކިއުޓާސް އޮފީހުން އިސްވެ ކުރިއަށްގެންދާ މި ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލާނީ ވ. އަތޮޅުގެ ކޭވް ސިސްޓަމެއްގައި ކުރި މި ޑައިވިންގް ދަތުރުގައި ކަން ހިނގައިދިޔަ ގޮތާއި އެކަމާ ގުޅުންހުރި އެންމެހާ ކަންކަމެވެ.

    ހަބަރުތައް ބުނާގޮތުން، މަރުވި މީހުންގެ ހަށިގަނޑުތައް އަނބުރާ އިޓަލީއަށް ގެންދިއުމާއެކު، މަރުވި ސަބަބު ދެނެގަތުމަށާއި ހާދިސާ ހިނގި ގޮތް ތަފްސީލީ ގޮތެއްގައި ބެލުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ޕްރޮސެކިއުޓަރުން އަމުރުކުރާނެ ކަމަށް ބެލެވެއެވެ.

    މީގެ އިތުރުން، މި ޑައިވިންގް ދަތުރުގައި ބޭނުންކުރި "ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީގައި ތިބި އިޓަލީގެ ރައްޔިތުންނާ ސުވާލުކޮށް، މި ހާދިސާއާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ވެސް ތަހުގީގީ އިދާރާތަކުން ވަނީ ނިންމާފައެވެ.

    މި ހާދިސާއަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އަދި ކޭވް ޑައިވިންގް އެންމެ ބޮޑު ހާދިސާއަށް ވާއިރު، ރާއްޖެއާއި އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ. ވ. އަތޮޅުގެ ކޭވް ސިސްޓަމުން މީހުން ހޯދުމުގެ މަސައްކަތުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޭވް ޑައިވިންގް މާހިރުން ވަނީ ފެންއަޑީގެ ނުރައްކާތެރި ހާލަތްތަކުގައި މަސައްކަތް ކޮށްފައެވެ.

    މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އެ ސަރަހައްދުން ފެނުނު ގޯޕްރޯ ކެމެރާތަކާއި ޑައިވިންގް ސާމާނުތައް ވަކިން ތަހުގީގު ކުރަމުންނެވެ. މި ތަކެތީގެ ޒަރީޢާއިން، ޑައިވަރުންގެ އެންމެ ފަހުގެ ހަރަކާތްތަކާއި، ފެންއަޑީގެ ފެންނަ މިންވަރާއި، ދިމާވި ފަންނީ މައްސަލަތައް ދެނެގަނެވޭނެ ކަމަށް ތަހުގީގީ އިދާރާތަކުން ގަބޫލުކުރެއެވެ.

    ]]>
    Sun, 24 May 2026 17:57:35 +0500 ނިއުސް ޑެސްކް
    ވިއްސާރަދުނި ފަރުބަދަ ނުވަތަ ރެއިންބޯ މައުންޓަން އަކީ ކޮންތަނެއް! https://heerasnews.com/4219 https://heerasnews.com/4219 ދުނިޔޭގެ ބައެއް ސަރަހައްދުތަކަކީ އޭގެ ގުދުރަތީ ކުލަތަކުގެ ގަދަކަމުން، އެއީ ހަގީގީ މަންޒަރެއް ނޫން ކަމަށް ނުވަތަ އެޑިޓްކޮށްފައިވާ މަންޒަރެއް ކަމަށް ހީވާހާ ރީތި ތަންތަނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ތަފާތު ޖިއޮލޮޖިކަލް ރީތިކަން ލިބިފައިވާ ތަންތަން ހުންނައިރު، ގިނަ ފަތުރުވެރިން އެ ތަންތަނަށް ޒިޔާރަތްކުރަނީ ހަމައެކަނި އެ ތަންތަނުގެ ހިތްގައިމު ސިފައަށްޓަކައެވެ.

    މީގެ ތެރެއިންވެސް، އެކި ކުލަކުލައިގެ ރޮނގުތަކުން ކުރެހިފައިވާ ފަދަ ގޮތަކަށް ފެންނަ، އަދި އަލި އެޅޭ ގޮތުންނާއި ދުރުމިނަށް ބަލައި ކުލަތައް ބަދަލުވާ ފަދަ ގޮތަކަށް ފެންނަ ފަރުބަދައެއް ފާހަގަކޮށްލެވެއެވެ. ޕެރޫގެ ފަރުބަދަ މަތީ ހިސާބެއްގައި ފޮރުވިފައިވާ މި ރީތި މަންޒިލް ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ ސަބަބު އެ ތަނަށް ބަލައިލުމުން ހަމަ ކޮންމެ މީހަކަށްވެސް ވަގުތުން ސާފުވެގެންދާނެއެވެ. ކުލަގަދަ ރީތި ކުރެހުމެއް ފަދަ ސިފައެއް ލިބިފައިވާ މި ފަރުބަދައަކީ މިހާރު ދުނިޔޭގައި އެންމެ ގިނައިން ފޮޓޯ ނަގާ އެއް މަންޒިލަށް ވަނީ ވެފައެވެ. މި ތަނާ ބެހޭ އިތުރު މައުލޫމާތާއި، ފަތުރުވެރިން މި ތަނަށް ޒިޔާރަތްކުރުން މުހިންމު ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.

    ވިނިކުންކާ: ދުނިޔޭގެ ރެއިންބޯ މައުންޓަން

    ޕެރޫގެ އެންޑީސް ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ "ވިނިކުންކާ" އަކީ އާންމު ނަމުން ނަމަ "ރެއިންބޯ މައުންޓަން" އެވެ. މިއީ އެ ފަރުބަދައިގެ ގުދުރަތީ ކުލަގަދަ ސިފައަށްޓަކައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ތަނެކެވެ. ކަނޑުގެ ސަތަހައަށްވުރެ 5،000 މީޓަރަށް ވުރެ އުސްމިނުގައި އޮންނަ މި ފަރުބަދައަކީ ފަހުގެ ތާރީހެއްގައި ޕެރޫގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ ގުދުރަތީ އެއް މަންޒިލެވެ. މި ފަރުބަދައަށް މިފަދަ ކުލަގަދަ ސިފައެއް ލިބިފައިވަނީ އެތައް ގަރުނެއްގެ ވަންދެން އެކި ބާވަތްތަކުގެ މައުދަނުތައް ފަށަލަ ފަށަލައަށް ޖަމާވެފައި ހުރުމުގެ ސަބަބުންނެވެ.

    ފަރުބަދައިން އެކި ކުލަތައް ފެންނަ ސަބަބު:

    ރެއިންބޯ މައުންޓަން އިން ފެންނަ ފާހަގަކޮށްލެވޭ ކުލަތަކަކީ އެތަނުގެ ބިމުގެ އޮނިގަނޑާއި އެކުލެވިގެންވާ މަޢުދަނުތަކުގެ ނަތީޖާއެވެ. އޭގެ ތެރޭގައި ހިމެނެނީ:

    ރަތް ކުލަ: އަޔަން އޮކްސައިޑްގެ ސަބަބުން

    ރީނދޫ އަދި ރަން ކުލަ: ސަލްފައިޑް މަޢުދަނުތަކުގެ ސަބަބުން

    ފެހި ކުލަ: ކްލޮރައިޓް އާއި އެހެނިހެން މާއްދާތަކުގެ ސަބަބުން

    މުށި އަދި ދަނބު ކުލަ: އެކި ބާވަތްތަކުގެ ކަަރު ފަށަލަތައް މަސްހުނިވުމުގެ ސަބަބުން

    ޒަމާންތަކެއް ވަންދެން މޫސުމަށް އަންނަ ބަދަލުތަކާއި ގިރުމުގެ ސަބަބުން، މި ކުލަގަދަ ފަށަލަތައް ހާމަވެ، މިއަދު މި ފެންނަ ހިތްގައިމު މަންޒަރު އުފެދުނެވެ.

    މަންޒިލް މަޝްހޫރުވެގެން ދިޔައީ ފަހުގެ ތާރީހެއްގައެވެ. ޝައުގުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ، ރެއިންބޯ މައުންޓަން މިހާރު މިފެންނަ ސިފައަށް އަބަދު ނުފެންނަ ކަމެވެ. ސަރަހައްދަކީ ގިނަ ދުވަސްތަކެއް ވަންދެން ސުނޯ ނުވަތަ ގަނޑުފެނުން ފޮރުވިފައި އޮތް ތަނެކެވެ. މި ކުލަގަދަ ފަށަލަތައް ފާޅުވާން ފެށީ ގަނޑުފެން ވިރެން ފެށުމުންނެވެ.

    މިއަދު މިތަނަށް ޒިޔާރަތްކުރާ މީހުންގެ ތެރޭގައި ހިމެނެނީ:

    • ފަރުބަދައަށް އަރާ މީހުން

    • ގުދުރަތީ މަންޒަރުތައް ފޮޓޯނަގާ މީހުން

    • އެޑްވެންޗަރ ފަތުރުވެރިން

    • ޕެރޫގެ މަޝްހޫރު "މަޗޫ ޕިޗޫ" ފިޔަވައި އެހެން ތަފާތު ތަންތަން ބަލައިލަން ބޭނުންވާ މީހުން

    ރެއިންބޯ މައުންޓަންގެ މަގުބޫލުކަން އިތުރުވުމުގައި ފޮޓޯގްރަފީ އާއި ސޯޝަލް މީޑިއާ ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ.

    ދަތުރުގެ ތަޖުރިބާ ހުންނާނެ ގޮތް

    ވިނިކުންކާއަށް ދިއުމަށްޓަކައި އުސް ފަރުބަދަތަކުގައި ގިނަ އިރު ހިނގަންޖެހެއެވެ. މިއީ އުސްމިނުގެ ސަބަބުން ޖިސްމާނީ ގޮތުން ބުރަ ދަތުރަކަށް ވެދާނެއެވެ.

    ދަތުރުވެރިން ސަމާލުވާންޖެހޭ ކަންތައްތައް:

    • ފަރުބަދައަށް އެރުމަށް އާންމުކޮށް އެތައް ގަޑިއިރެއް ހޭދަވެއެވެ.

    • އުސް ސަރަހައްދުތަކުގައި އޮކްސިޖަން މަދުވުމުގެ ސަބަބުން ދިމާވާ "އަލްޓިޓިއުޑް ސިކްނެސް" އަށް ސަމާލުވާންޖެހެއެވެ.

    • ދުވާލުގެ ވަގުތުތަކުގައި ފިނިހޫނުމިނަށް އަވަސް ބަދަލުތަކެއް އަތުވެދާނެއެވެ.

    • ފަރުބަދައަށް އަރަން ފެށުމުގެ ކުރިން އެ މާހައުލަށް ހޭނުމަކީ މުހިންމު ކަމެކެވެ.

    ގިނަ މީހުން މި ދަތުރު ފަށަނީ "ކުސްކޯ" ސިޓީންނެވެ.

    ތަފާތު ތަޖުރިބާއަކަށް ވަނީ ކީއްވެ:

    ކުލަގަދަ މި ފަރުބަދައިގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވާ މަންޒަރުތަކުން ދަތުރުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ދަތުރުމަތީގައި ފެންނާނެ މަންޒަރުތައް:

    • ގަނޑުފެނުން ފޮރުވިފައިވާ އެންޑީސް ފަރުބަދަތަކުގެ ކުރިބޯށިތައް

    • އަލްޕަކާ އާއި ލާމާ ފަދަ ޖަނަވާރުތައް

    • ފަރުބަދަ މަތީ ފުޅާ ވާދީތައް

    • ސަރަހައްދުގެ ގަދީމީ ދިރިއުޅުން އުޅޭ މީހުން

    އުސްމިނާއި، މަންޒަރުތަކާއި، ތަފާތު ޖިއޮލޮޖީގެ ސަބަބުން މިއީ އާންމު ފަރުބަދަ މަތީ ހިސާބުތަކާ މުޅިން ތަފާތު އިހުސާސެއް ކޮށްދޭ މަންޒިލެކެވެ.

    ޒިޔާރަތްކުރަން އެންމެ ރަނގަޅު ވަގުތު

    ރެއިންބޯ މައުންޓަނަށް ޒިޔާރަތްކުރަން އެންމެ އެކަށީގެންވާ ވަގުތަކީ އާންމުކޮށް މެއި މަހާއި ސެޕްޓެމްބަރު މަހާ ދެމެދުގައެވެ. އެއީ މޫސުން ހިކި އަދި ދަތުރުކުރަން އެންމެ ރަނގަޅު ދުވަސްވަރެވެ. ވާރޭ މޫސުމުގައި މަގުތައް ކަހާ ގޮތްވުމާއި، ފުސްވުމުގެ ސަބަބުން މަންޒަރުތައް ސާފުކޮށް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ.        

    ]]>
    Sun, 24 May 2026 13:04:12 +0500 ނިއުސް ޑެސްކް
    އިންޑިއާގެ އެންމެ ބިރުވެރި 10 ތަނުން ތަނެއްގެ ތަޖުރިބާ ކޮށްލަން ކެރޭނެތަ! https://heerasnews.com/4214 https://heerasnews.com/4214 އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުރި ބިރުވެރިކަމަށް މަޝްހޫރުވެފައިވާ ބައެއް ތަންތަނުގެ މައްޗަށް ނަޒަރެއް ހިންގާލެވޭތޯ މިފަހރު ބަލައިލާނަމެވެ. ބިރުވެރި ތަންތަނާ މެދު ޝައުގު ހުންނަ ފަރާތްތަކަށް އިތުރު މައުލޫމާތަކަށް ފަހަރުގައި މި ލިޔުންކޮޅު ވެދާނެއެވެ. 

    އިންޑިއާގެ އެންމެ ބިރުވެރި 10 ތަން

    އިންޑިއާއަކީ މުއްސަނދި ތާރީހަކާއި، ތަފާތު ފުލޯކު ވާހަކަތަކުން ފުރިގެންވާ ގައުމެކެވެ. އެކި ދުވަސްވަރު ހިނގާފައިވާ ހަނގުރާމަތަކާއި، އިންގިލާބުތަކާއި، އަދި އާދަޔާހިލާފު މަރުތަކުގެ ސަބަބުން، ބައެއް ތަންތަނަކީ ރޫހާނީ ކަންތައްތަކެއް އެކުލެވިގެންވާ ތަންތަން ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

    ފިލްމުތަކާއި ފޮތްތަކުން މިފަދަ ވާހަކަތައް އަޑުއެހުމަކީ މަޖާ ކަމަކަށް ވީނަމަވެސް، މިފަދަ ތަންތަނަށް ގޮސް އެކަން ތަޖުރިބާކުރުމަކީ މުޅިން ތަފާތު ކަމެކެވެ. އިންޑިއާގެ އެންމެ ބިރުވެރި ކަމަށް މަޝްހޫރު 10 ތަނަކީ:

    1. މޯގަން ހައުސް، ކަލިމްޕޮންގް

    މިއީ އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރު ބިނާކޮށްފައިވާ ބޮޑު ގެއެކެވެ. މި ގޭގެ ވެރިއަކަށް އުޅުނު "ލޭޑީ މޯގަން" މަރުވުމަށްފަހު، އޭނާގެ ރޫހު އަދިވެސް އެގޭގައި އުޅޭ ކަމަށް އަޑުފެތުރިފައިވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ދަމަކަށް ދާއިރު، އެގޭގެ ތެރޭގައި މީހަކު ހައިހީލްއަށް އަރައިގެން ހިނގާ އަޑު އިވެއެވެ.

    2. ރޫޕްކުންޑް ކަށިގަނޑުތަކުގެ ފެންގަނޑު

    ހިމަލަޔާ ފަރުބަދަތަކުގެ ތެރޭގައިވާ މި ފެންގަނޑު މަޝްހޫރުވެފައިވަނީ އޭގެ ވަށައިގެން ފެންނަން ހުރި އިންސާނުންގެ ކަށިގަނޑުތަކުގެ ސަބަބުންނެވެ. މި ތަނަށް ޒިޔާރަތްކުރި ބައެއް މީހުންނަށް އާދަޔާހިލާފު އަޑުތައް އިވުމާއި، ގަޑި ހުއްޓުން ފަދަ ކަންކަން ދިމާވެފައިވާ ކަމަށް ބުނެއެވެ.

    3. ޑޫމަސް ބީޗް، ގުޖުރާތު

    މިއީ ގުޖުރާތުގެ ސޫރަތު ކައިރީގައި އޮންނަ ގޮނޑުދޮށެކެވެ. ކުރީޒަމާނުގައި ހިންދޫން މީހުން އަންދާ ތަނެއްގެ ގޮތުގައި ބޭނުންކުރި މި ގޮނޑުދޮށަކީ ރޭގަނޑު ވަރަށް ބިރުވެރި ތަނެކެވެ. ރޭގަނޑު އެތަނަށްދާ މީހުންނަށް އާދަޔާހިލާފު ހިޔަނިތައް ފެނުމާއި ބިރުވެރި އަޑުތައް އިވޭ ކަމަށް އެ ސަރަހައްދުގެ މީހުން ބުނެއެވެ.

    4. ޖަމާލީ ކަމާލީ މިސްކިތާއި މަގުބަރާ، ނިއުދިއްލީ

    މިއީ މުގަލް ރަސްކަމުގެ ދުވަސްވަރުގެ ބިނާއެކެވެ. މިތަނުގައި ޖިންނި އުޅޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރޭގަނޑު ގާޑުންނަށް މީހުންގެ ހިޔަނި ފެނުމާއި، އާދަޔާހިލާފު އަޑުތައް އިވޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

    5. ބާންގަޅު ކިއްލާ، ރާޖަސްތާން

    އިންޑިއާގެ އެންމެ ބިރުވެރި ތަނުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ކިއްލާއަށް އިރުއޮއްސުމަށްފަހު ވަނުމަކީ ސަރުކާރުން މަނާކޮށްފައިވާ ކަމެކެވެ. މިތަނަކީ ސިހުރުވެރިއެއްގެ ސަބަބުން ލައުނަތް ޖެހިފައިވާ ތަނެއް ކަމަށް ބުނެއުޅެއެވެ.

    6. އިޓަޗޫނާ ރާޖްބާރީ، ހުޅަނގު ބެންގާލް

    މިއީ 300 އެއްހާ އަހަރުވީ ގަނޑުވަަރެކެވެ. މިތަނުގެ ބައެއް ކޮޓަރިތަކާއި ސަރަހައްދުތަކުން ރޭގަނޑު މީހުން ހިނގާ އަޑާއި، ބައެއް ކަހަލަ ހިޔަނިތައް ފެންނަ ކަމަށް އެތަނަށް ޒިޔާރަތްކުރާ މީހުން ބުނެއެވެ.

    7. ވޯވިކް ހައުސް، އުއްތަރަކަންޑް

    މި ގެއާ ގުޅިފައިވަނީ އިނގިރޭސި އޮފިސަރެއް ކަމަށްވާ ލެފްޓިނަންޓް ކާނަލް ވޯވިކްގެ ހިތާމަވެރި ލޯބީގެ ވާހަކައެވެ. އޭނާގެ އަންހެނުން މަރުވުމުން މޮޔަވެ، އޭނާ އަންހެން ހެދުން އަޅައިގެން ދުވި ކަމަށް ބުނެއެވެ. އޭނާ މަރުވި ފަހުންވެސް ހުދު އަހެއްގައި އޭނާގެ ރޫހު ފެންނަ ކަމަށް އަވަށު މީހުން ގަބޫލުކުރެއެވެ.

    8. ކުލްދާރާ އަވަށް، ރާޖަސްތާން

    މިއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އެއްރޭ ތެރޭގައި އެންމެން ހުސްވި އަވަށެކެވެ. އެ އަވަށް ދޫކޮށް ދަމުން އެމީހުން ކުރި ލައުނަތެއްގެ ސަބަބުން، މިއަދާ ހަމައަށްވެސް އެތަނުގައި އެއްވެސް މީހަކަށް ދިރިއެއް ނޫޅެވެއެވެ.

    9. ތްރީ ކިންގްސް ޗާޗް، ގޯއާ

    މި ފައްޅީގައި ތިން ރަސްކަލުން ވަޅުލާފައިވެއެވެ. ބުނެވޭ ގޮތުގައި މި ތިން ރަސްކަލުންނަކީ ވެރިކަމުގެ ދަހިވެތިކަމުގައި އެކަކު އަނެކަކަށް ވިހަދީގެން މަރުވި ބައެކެވެ. އެމީހުންގެ ރޫހު އަދިވެސް އެ ސަރަހައްދުގައި އުޅޭ ކަމަށް ބުނެއެވެ.

    10. ޑޯ ހިލް ޑެތު ރޯޑް، ކުރުސިއޮންގް

    މިއީ ދާޖިލިން ކައިރީގައި އޮންނަ ވަރަށް ބިރުވެރި މަގެކެވެ. މި މަގުން ދާ މީހުންނަށް ބޯ ނެތް ކުޑަކުއްޖަކު ހިނގާފައި ދަނިކޮށް ފެންނަ ކަމަށް ގިނަބަޔަކު ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގެ ޖަންގަލިތަކުންވެސް ތަފާތު ބިރުވެރި ކަންތައްތައް ތަޖުރިބާކުރެވޭ ކަމަށްވެއެވެ.

    މިފަދަ ތަންތަނަކީ ބިރުވެރި ކަންކަމަށް ޝައުގުވެރިވާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ތަންތަނެވެ. ނަމަވެސް މި ތަންތަނަށް ޒިޔާރަތްކުރާއިރު ނަފްސާނީ ގޮތުން ވަރުގަދަވާން ޖެހޭނެއެވެ.                 

    ]]>
    Sat, 23 May 2026 06:30:19 +0500 ނިއުސް ޑެސްކް
    ޝަހުޒާނާއި ލީވާން ޖަލަށްލުމަކީ ދައުލަތުން ދިން އަނިޔާއެއް: މަހުފޫޒު https://heerasnews.com/4212 https://heerasnews.com/4212

    ލީވާން އާއި ޝަހުޒާން ޖަލަށް ލީ ކްރިމިނަލް ކޯޓުން އުފެއްދި ހާލަތެއްގެ ދަށުންކަމަށް މަޝްހޫރު ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވިދާޅުވެއެވެ.  ހިނގަމުންދާ މައްސަލައެއްގެ ވާހަކަ ދެއްކުމަކީ ކުށަކަށް ހަދާ އެ ދެމީހުން ޖަލަށް ލާން ހުކުމް ކުރީ ވެސް ކްރިމިނަލް ކޯޓުންކަމަށް އޭނާ ވިދާޅުވިއެވެ

    މީހަކު ޖަލުގައި ބަންދުކުރެވުމަކީ އޭނާގެ އެތައް އަސާސީ ހައްގުތަކެއް ހިފެހެއްޓި އަމިއްލަ މިނިވަންކަމާއި އިހުތިޔާރުތައް ދޫކޮށްލަން ޖެހޭ ކަމަށާއި މިނިވަންކަމާއެކު އުޅޭ މީހަކަށް އިހުސާސު ވެސް ކުރެވޭނެ ހާލަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

    ވަކީލު މަހުފޫޒު ވިދާޅުވާގޮތުގައި ޖަލުގައި މީހުން ބަންދުކުރުމުގެ އަދަބުގެ އަސާސަކީ ވަކި މީހެއްގެ ފުށުން މުޖުތަމައު ސަލާމަތްކުރުމެވެ. އޭގެ ބޭނުމަކީ ވަކި މީހަކީ މުޖުތަމައުއަށް ދޫވެފައި ހުރެއްޖެނަމަ އޭނާގެ ފުށުން މުޖުތުމައުއަށް ނުރައްކާވެދާނޭ ފަދަ މީހަކަށްވާނަމަ އޭނާ އެކަހެރި ކުރުމެވެ. ޖަލަށް ލުމުގެ އަދަބު ދެވޭ އަސާސް ގާނޫނުލްއުގޫބާތުގެ 1201 ވަނަ މާއްދާގައި ކިޔައިދީފައި އޮތްކަމަށް ވިދާޅުވީ އެމާއްދާގައި އޮތީ ތިން ސަބަބެކެވެ. 

    (1)  މުޖުތަމައުގެ ރައްކަލަކަށްޓަކައި ކުށްވެރިޔާ މުޖުތަމައުން އެކަހެރިކޮށްފައި ބަންދުކުރުމުގެ ބޭނުންތެރިވުން؛

    (2)  ކުށްވެރިޔާ ކުރި ކުށުގެ އަމަލަކީ މުޖުތަމައު ކުށްވެރިކުރާ ނުރައްކާތެރި އަމަލެއްކަމަށް ދެއްކުމަށްޓަކައި ކުށްވެރިޔާ އެކަހެރިކޮށް ބަންދުކުރުން ކޮންމެހެން ބޭނުންތެރިވުން، ނުވަތަ

    (3)  ކުށްވެރިޔާގެ ހާލަތަށާއި، އޭނާ ކުޅަ ކުށުގެ އަމަލަށް ބަލާއިރު، އެކަހެރިކޮށް ބަންދުކުރުން ފިޔަވައި އެކަށީގެންވާ އެހެން އަދަބެއް ނެތުން.

    ލީވާންއާއި ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުން މި މާއްދާގައި ބުނެފައިވާ އެއްވެސް މަގުސަދެއް ހާސިލުނުވާ ކަމަށް މަހުފޫޒު ވިދާޅުވެއެވެ. ޖަލަށް ލުމުގެ އަދަބު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް ހުރިކަމަށާއި އަދަބު ކަނޑައެޅުމުގެ އިލްމުގެ ފަލްސަފާއަކީ ވެސް ކޯޓުން ރިއާޔަތްކުރި ކަމެއް ނޫން ކަމަށް މަހުފޫޒު ވިދާޅުވިއެވެ. 

    ކުށުގެ ނުރައްކާތެރިކަމާއި ކުޑަބޮޑުމިނަށް ބަލައި ޖަލަށް ލުމުގެ އަދަބު ފިޔަވައި އެހެން އަދަބުތައް ދިނުމަށް ވެސް ގާނޫނުލްއުގޫބާތު ތަންދޭކަމަށާއި އެ ގާނޫނުގެ 1005 ވަނަ މާއްދާގައި އެ ތާވަލް އޮތްކަމަށް ވަކީލް މަހުފޫޒު ވިދާޅުވެއެވެ.

    ލީވާންއާއި ޝަހުޒާން ޖަލުގައި ބަންދުކުރުމުގެ އަދަބު ދިން ދިނުމަކީ ދައުލަތުން އެ ދެމީހުންނަށް ދިން އަނިޔާއެއް ކަމަށް މަހުފޫޒު ވިދާޅުވެއެވެ. މި މޭރުމުން މަހުފޫޒު ވާހަކަ ދައްކަވާފައިވަނީ އަދަދު ނުހުގައި އޭނާ ލިޔުއްވާ ޝާއިއުކުރެއްވި ލިޔުމެއްގައެވެ.  

    ]]>
    Fri, 22 May 2026 15:15:47 +0500 ނިއުސް ޑެސްކް
    މަހުދީގެ މަރަށް އިންސާފު ލިބެންޖެހޭ https://heerasnews.com/4207 https://heerasnews.com/4207 އެމް.އެން.ޑީ.އެފް ޑައިވިންގ ޔުނިޓް ބިނާކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަކީ އެބައެއްގެ ވާހަކަ އަޑުނާހާ ދޫކޮށްލަން ހެޔޮވާވަރުގެ ބައެއް ޫނެވެ. އެމް.އެން.ޑީ.އެފްގެ ޑައިވަރުންނަކީ އެފަދަ ދެވަނައެއް ނެތް ފެންވަރެއްގެ ބަޔަކަށް ހެދުމަށްޓަކައި ހިންގުނު ތަމްރީނު ޕްރޮގްރާމްތަކާއި ކުރެވުނު ބުރަ މަސައްކަތްތަކަކީ މި ބޭފުޅުންގެ މިންނެތް ހިއްސާއެވެ. މި ދެންނެވި ބޭފުޅުން ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހުއްޓަވާލެއްވި ފަހުން، އެމް.އެން.ޑީ.އެފް އަށް އެ ދާއިރާއިން އިތުރު ކުރިއެރުމެއް ހޯދިފައެއް ވަނީއެއް ނޫނެވެ.

    އަނެއްކޮޅުން \ހިފަހައްޓަމުން އައީ އެންމެ ކުރިން ދަސްކޮށްފައިވާ މައުލޫމާތުތަކާއި އުކުޅުތަކުގައެވެ. 'ޓެކްނިކަލް ޑައިވިންގ' އަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދާފައި ހުރިކަމަކަށް ނުވެއެވެ. މިހާރު ހިނގައިގެންއުޅޭ ފަދަ ނުރައްކާތެރި މިޝަންތަކުގައި ބޭނުންކުރެވޭނެ ފެންވަރުގެ ސެޓިފައިޑް އުޅަނދެއްވެސް މިއަދާ ހަމައަށް އެ މުއައްސަސާގައި އޮތް ކަމަކަށް ނުވެއެވެ.

    ޑައިވިންގެ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ ޝަފްރާޒް ނައީމް ފަދަ ބޭފުޅުން ފާޑުކިއުއްވަނީ ކިއުވެން އޮތީމައެވެ. މިހާރު ހިނގައިގެން އުޅޭ ހާދިސާއާއި ގުޅިގެން އެކަށީގެންވާ ވަސީލަތްތަކާ ނުލައި އެ ރިކަވަރީ މިޝަން ފެށުމާ ދެކޮޅަށް އޭނާގެ ފަންނީ ލަފާ ދެއްވިއެވެ. ހޮހަޅައިގެ ހާލަތާއި، އެތަނުގައި ކުރިމަތިވެދާނެ ދަތިތަކާ ބެހޭގޮތުން އެންމެ ފުރަތަމަ ސާފު އިރުޝާދު ދެއްވި އެކަކީވެސް ޝަފްރާޒްއެވެ. އެތަނުގެ ތެރޭގައި ނިންމޭ ކުށް ނިންމުމެއްގެ ސަބަބުން ބޮޑު ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

    ހާދިސާއާ ގުޅޭގޮތުން ތަޖުރިބާކާރުން އިތުރު މައުލޫމާތު ހާމަކުރަން ފެށުމުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޝަފްރާޒުގެ އަބުރު ކިލަނބުކޮށްލުމަށް މަސައްކަތްކޮށް، އޭނާއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ފޮނުވަން ފަށާފައެވެ. ނަމަވެސް، ޑީ.އޭ.އެން ޓީމުން މަސައްކަތް ކުރިއަށްގެންދާ ވަރަކަށް، އެމް.އެން.ޑީ.އެފް އިން އެ ޑައިވް ކުރުމަށް އެކަށީގެންވާ ތައްޔާރީތަކެއްވެފައި ނުވާކަން ހާމަވާ އިތުރު ސަބަބުތައް ދަނީ ފެންމަތިވަމުންނެވެ.

    ރިކަވަރީ ޑައިވް އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި ގެންގުޅުނު ފަރުވާކުޑަ އުސޫލުތަކަށް ޝަފްރާޒް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވާހަކަދައްކަވާފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ އެތައް ޑައިވަރުންނެއް އެއްބަސްވާ ހަގީގީ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި އޭނާގެ ގާތް އެކުވެރިއެއްގެ ފުރާނަ ގެއްލިގެންދިޔަ މި މިޝަން ކުރިއަށް ގެންދިޔުމަށް ބާރުއެޅި ކަމަށްޓަކައި އޭނާ ވަނީ ސަރުކާރު ކުށްވެރިކޮށްފައެވެ.

    ޝަފްރާޒް ފާހަގަކުރެއްވި ގޮތުގައި މަހުދީއަކީ އެންމެ ހުނަރުވެރި ޑައިވަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ޝަފްރާޒް އެމް.އެން.ޑީ.އެފް އިން ވަކިވި ފަހުންވެސް، އޭނާއާއި މަހުދީއާ ދެމެދު އޮތީ ގާތް ރަހުމަތްތެރިކަމެކެވެ. އަދި ދެމީހުންގެ މެދުގައި ޑައިވިންގއާ ގުޅޭގޮތުން ގަވާއިދުން ވާހަކަދެކެވެއެވެ. ރަނގަޅު ވާހަކަ ދައްކާ މީހާގެ އަނގަ ބަންދު ކުރުމަށް ހާދިސާ ހަތިޔާރަކަށް ހަދައިގެން ޝަފްރާޒަށް ބަހުގެ ހަމަލާދިނުމުގެ ބަދަލުގައި އަޅުގަނޑުމެން ކުރަންވީ ކަމަކީ ޖަވާބުދާރީ ކުރުވުމެވެ. އަންނަނިވި ސުވާލުތައް ކުރިމަތިކުރުވުމެވެ:

    • އެމްއެންޑީއެފްގެ ޑައިވަރު މަހުދީ ނިޔާވީ ކީއްވެގެން ކިހިނެއްވެގެންތޯ؟
    • އޭނާ ނިޔާވުމުގެ އަސްލު ސަބަބަކީ ކޮބައިތޯ؟
    • އަވަސް އަރުވާލައިގެން ކަށުނަމާދާއި ވަޅުލުމުގެ ކަންކަން ކުރުމުގެ ކުރިން އެކަށީގެންވާ ތަހުގީގެއް ހިންގުނުތޯ؟
    • އެހާ ބޮޑަށް އަވަސް އަރުވާލީ ކީއްވެގެންތޯ؟
    • ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިހެން ރިކަވަރީ ޑައިވް ކުރިއަށް ގެންދިޔައީ ޖޯޑަކަށް ކަމަށްވަންޏާވާ، މަހުދީއާއެކު ޑައިވްކުރި މީހާ އޭނާ ނުލައި މައްޗަށް އެރީ ކީއްވެގެންތޯ؟
    • އެމް.އެން.ޑީ.އެފްގެ އޮޕަރޭޝަނަލް ލިމިޓަކީ 50 މީޓަރު ނުވަތަ އެއަށްވުރެ ތިލަ ތަންތަން ކަމަށްވާއިރު، 50 މީޓަރަށްވުރެ ފުން ސަރަހައްދަކަށް ޑައިވްކުރުމަށް އެމް.އެން.ޑީ.އެފް އަށް މަޖުބޫރުކުރީ ކީއްވެގެންތޯ؟
    • މިޝަންގެ ކުރިން 50 މީޓަރަށްވުރެ ފުން ހިސާބުތަކުގައި އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށްވާއިރު، ކުއްލިއަކަށް އެމްޑީއެފް އިން އާދައިގެ ވައި ބޭނުންކޮށްގެން ޑައިވްކުރެވޭނެ އެންމެ ފުން މިނަކީ 30 މީޓަރު ކަމަށް ނިންމީ ކީއްވެގެންތޯ؟
    • ރިކަވަރީ މިޝަންގައި ބޭނުންކުރި އުޅަނދުގައި 'ޑިކޮމްޕްރެޝަން ޗެމްބަރ' އެއް ނެތީ ކީއްވެގެންތޯ؟
    • ބައިނަލްއަގުވާމީ ތަޖުރިބާކާރުން އައުމުން، އެމް.އެން.ޑީ.އެފް އިން އާރު.އޯ.ވީ އާއި ސާވޭ ޓީމުތައް ހަމަޖެއްސިއިރު، އެމް.އެން.ޑީ.އެފްގެ އަސްލު މިޝަންގެ ތެރޭގައި އެ ވަސީލަތްތަކުގެ ބޭނުން ނުހިފީ ނުވަތަ އެ ފަރާތްތަކުގެ އެހީތެރިކަން ނުހޯދީ ކީއްވެގެންތޯ؟

    މި ހުރީ ހައްތަހާވެސް ޖަވާބު ލިބެންޖެހޭ ސުވާލެވެ. މިހާ ހިސާބަށް އައި އިރުވެސް މިކަހަލަ އެތައް ސުވާލަކަށް އަދިވެސް ވަނީ ޖަވާބު ނުލިބިއެވެ.

    ޑީ.އޭ.އެން ޓީމުން ގޯޕްރޯ ފުޓޭޖާއި ތަހުގީގަށް ބޭނުންވާނެ އެހެނިހެން މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މަހުދީގެ މަރާ ގުޅޭގޮތުން ދެ ފުށް ފެންނަ އިންސާފުވެރި ތަހުގީގެއް ސަރުކާރުން ހިންގާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

    މި ހުރިހާ ކަމެއް ހިނގާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ މުއައްސަސާއެއްގެ ތެރޭގައެވެ. ކަމަކީ އެވާހަކަ ނުދައްކާ އެހާ ފަސޭހައިން ދެން ކުރާނީ ކީއްހޭ ކިޔާފާ ދޫކޮށްލަންވީ ކަމެއްތޯއެވެ؟ އެނގިހުރެ އެމް.އެން.ޑީ.އެފްގެ އޮފިސަރުން ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަކީ ރައްޔިތުން އެދޭނެ ގޮތްތޯއެވެ؟ 

    މަހުދީއަށް އިންސާފު ލިބެންޖެހެއެވެ. އޭނާގެ އާއިލާއަށް ހަގީގަތް އެނގެންޖެހެއެވެ. އަދި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހެއެވެ.             

    ]]>
    Wed, 20 May 2026 21:10:53 +0500 ނިއުސް ޑެސްކް
    ބިރުވެރި ކަނޑު ހޮހަޅައިގެ ނުރައްކާތެރި ހަތަރު ތަޖުރިބާ https://heerasnews.com/4205 https://heerasnews.com/4205 ކަނޑުއަޑީގެ ހޮހަޅަތަކަކީ ދުނިޔޭގައިވާ ވަރަށް ނުރައްކާތެރި، އެހާމެ ހިތްގައިމު މާހައުލުތަކެކެވެ. ކަނޑުގެ ފުން ހިސާބުތަކުގައިވާ މިފަދަ އަނދިރި ހޮހަޅަތަކުގައި ފީނުމަކީ ނުހަނު ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތައް ކުރިމަތިވާ ކަމެކެވެ. ކުޑަ ކުށަކުންވެސް މަގުއޮޅުމާއި، ކިލަނބުވެ ފެންގަނޑު ކަޅުވެ އެއްވެސް އެއްޗެއް ނުފެނުމާއި، އަދި އާލާތްތައް ތާށިވުން ފަދަ ނުރައްކާތައް ކުރިމަތިވެދާނެއެވެ.

    ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކަނޑުއަޑީގެ ހޮހަޅަތަކުގައި ހިނގާފައިވާ ބައެއް ބިރުވެރި ހާދިސާތަކަށް ބަލާލާއިރު:

    1. ރާއްޖޭގެ "ޝާކް ކޭވް" ހާދިސާ2026 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ކުރިއަށްދިޔަ ދިރާސާ ދަތުރެއްގެ ތެރެއިން، ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓުން ހިމެނޭހެން އިޓަލީގެ ފަސް ފީނުންތެރިއަކު ގެއްލި، ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާއެއް ހިނގިއެވެ. މި ހާދިސާ ހިނގީ "ޝާކް ކޭވް" ގެ ނަމުން މަޝްހޫރު "ތިންވަނަ ކަނޑު ހޮހަޅަ" ހޯދައި ބަލަމުން ދަނިކޮށެވެ. ބެލެވޭ ގޮތުގައި ކުއްލިއަކަށް އައި ބާރުގަދަ އޮއިވަރެއްގައި ޖެހި، މި ފީނުންތެރިން ހޮހަޅައިގެ މާ ފުންމިނަށް ދަމައިގަތީއެވެ. ހަނި އަދި އަނދިރި ހޮހަޅައިގެ ތެރޭގައި ތާށިވެ، އެމީހުންގެ އަތުގައި ހުރި އޮކްސިޖަން ހުސްވީ ސަލާމަތްވުމަށް ކުރި މަސައްކަތުގެ ތެރޭގައެވެ. މި މީހުންގެ ހަށިތައް ނެގުމަށް ބައިނަލްއަގުވާމީ ފެންވަރުގެ ހާއްސަ ޓީމަކުން ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހުނެވެ.

    2. ނޯވޭގެ ޕްލޫރާ ކޯރުގެ ހާދިސާ2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ނޯވޭގެ ޕްލޫރްޑާލެން ވާދީގައި ހުރި ބޮޑު ހޮހަޅައަކަށް ފޭބި ތަޖުރިބާކާރު ދެ ފީނުންތެރިއަކަށް ހިތާމަވެރި ހާދިސާއެއް ކުރިމަތިވިއެވެ. ގަނޑުފެން ފަދަ ފިނި އަދި ހަނި މަގަކުން ދަތުރުކުރަނިކޮށް، 100 މީޓަރަށްވުރެ ފުން ސަރަހައްދެއްގައި އެ ދެމީހުން މަރުވިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ނެގުމަށް، އެމީހުންގެ ހަތަރު ރަހުމަތްތެރިއަކު ހަތް ހަފުތާ ފަހުން ނުރައްކާތެރި އަދި ނުރަސްމީ މިޝަނެއް ކުރިއަށް ގެންދިޔައެވެ.

    3. އޮސްޓްރޭލިއާގެ މައުންޓް ގޭމްބިއާ ހާދިސާ (1973)މެއި 28، 1973 ގައި، އޮސްޓްރޭލިއާގެ މައުންޓް ގޭމްބިއާ ކައިރީގައިވާ "ދަ ޝާފްޓް" ކިޔާ ފުން ވަޅެއް ފަދަ ހޮހަޅައަކަށް ހަތަރު ފީނުންތެރިން ފޭބިއެވެ. އެމީހުން މަގު ހޯދުމަށް ބޭނުންކުރާ ސަލާމަތީ ވައު ބޭނުންނުކޮށް، ހޮހަޅައިގެ ވަރަށް ފުނަށް ދަތުރުކުރިއެވެ. ނަތީޖާއެއްގެ ގޮތުން އަނދިރި އަދި ކުނިބުނި ގިނަ ފެންގަނޑުގެ ތެރޭގައި މަގުއޮޅި، އޮކްސިޖަން ހުސްވެގެން އެމީހުން މަރުވިއެވެ. އެމީހުންގެ ހަށިތައް ފެނުނީ އޭގެ އެއް އަހަރު ފަހުންނެވެ.

    4. މެކްސިކޯގެ ސިނޯޓްސް: މާޔާގެ އަޑީގެ ދުނިޔެ މެކްސިކޯގެ ޔުކަޓާން ޕެނިންސިއުލާގައި ހުންނަ "ސިނޯޓްސް" ނަމަކަށް ކިޔާ ކަނޑުއަޑީގެ ހޮހަޅަތަކަކީ އާދަޔާ ހިލާފު ބިރުވެރިކަމެއް އެކުލެވޭ ތަންތަނެވެ. ގަދީމީ މާޔާ ދަރިކޮޅުގެ މީހުން ގަބޫލުކުރި ގޮތުގައި މިއީ "އަޑީގެ ދުނިޔެ" އަށް ވަދެވޭ ދޮރުތަކެކެވެ. މިއަދު އެ ސަރަހައްދު ދިރާސާކުރާ އާކިއޮލޮޖިސްޓުންނަށް އެ ހޮހަޅަތަކުގެ އަޑިން ގިނަ އަދަދެއްގެ އިންސާނީ ކަށިތައް ފެނިފައިވެއެވެ. މިއީ އެ ޒަމާނުގައި ގުރުބާން ކުރުންތަކަށް ބޭނުންކުރި ތަންތަން ކަމަށްވާތީ، މިއަދުވެސް އެއީ ތާރީޚީ ބިރުވެރިކަމެއް އެކުލެވޭ ތަންތަނުގެ ގޮތުގައި ފާހަގަކުރެވެއެވެ.

    ]]>
    Wed, 20 May 2026 17:27:56 +0500 ނިއުސް ޑެސްކް
    ގެގް އޯޑަރާއި ގުޅިގެން ހައިކޯޓު ރަޖިސްޓްރަރގެ ނިންމުން ގާނޫނާ ހިލާފް https://heerasnews.com/4194 https://heerasnews.com/4194

    އަދަދު ނޫހުން ޝާއިއުކުރި އައިޝާ ޑޮކިއުމެންޓްރީއާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަން އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސުލުތަކާއި އިޖްރާއާތުތަކާ ހިލާފަށް ނިންމާފައިވާ އަރބިޓްރަރީ ނިންމުމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުއްލާ ދީދީ ވިދާޅުވެއްޖެއެވެ. 

    މައްސަލާގައި ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައި ވަނީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމިއްޔާ އަށް ނެތް ކަމަށެވެ. ނަމަވެސް ޑރ. އަހުމަދު އަބްދުއްލާ ދީދީ ވިދާޅުވަނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީއަތް ހިންގުން ކަަވަރުކޮށްދޭ އެންމެ އަސާސީ އެއް މަބްދައަކީ އިސްތިއުނާފުކުރުމުގެ ހައްގުކަން އެނގެން އޮންނައިރު، ކޯޓުތަކުން އިއްވާ ހުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ހައްގަކީ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމަށެވެ.

    ހަވާލާދެވޭ ކޯޓު އަމުރު ރައްދުވާ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިންވެސް ޝާމިލުވެގެންވާކަން އެނގެން އޮންނަ ހިނދު، ނޫސްވެރިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތް ކުރުމަށް އުފައްދާފައިވާ ޕްރޮފެޝަނަލް އޮރގަނައިޒޭޝަން ކަމުގައިވާ އެމްޖޭއޭ އަކަށް ބުނެވުނު އަމުރު އިސްތިއުނާފު ކުރުމުގެހައްގު ލިބިގެންނުވާކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސޫލުތަކާއި އިޖްރާއާތުތަކާ ހިލާފަށް ނިންމާފައިވާ އަރބިޓްރަރީ ނިންމުމެއްކަމާ މެދު އެއްވެސް ޝައްކެއްނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއެވެ. 

    ]]>
    Sun, 17 May 2026 19:41:33 +0500 ނިއުސް ޑެސްކް
    ޑައިވަރުންގެ މަރު: ދުނިޔޭގެ ފަލަ ސުރުހީއަށް https://heerasnews.com/4192 https://heerasnews.com/4192 ބީބީސީ: ވ. އަތޮޅުގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާއެއްގައި އިޓަލީގެ ފަސް މީހަކު މަރުވެފައިވާކަމަށް އިޓަލީގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

    ރޯމްގައި ހުންނަ އިޓަލީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ޑައިވަރުން މަރުވީ ކަނޑުގެ 50 މީޓަރު (164 ފޫޓު) އަޑީގައި ހުރި ހޮހަޅުތަކެއް ބަލަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގާފައިވަނީ ވ. އަތޮޅުގައެވެ.

    މަރުވި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިޓަލީގެ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޓީމަކަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި އެކޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅުގެ އިތުރުން ދެ ރިސާޗަރުން ހިމެނެއެވެ.

    ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހާމަކުރި ގޮތުގައި، ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ހޮހަޅެއްގެ ތެރެއިން މިހާތަނަށް އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑުވެސް އެ ތަނުގައި ވާނެ ކަމަށް ބެލެވެއެވެ. ސިފައިން ސިފަކުރި ގޮތުގައި މި ހަށިގަނޑުތައް ހޯދުމަށް ހިންގާ އޮޕަރޭޝަނަކީ ނުރައްކާތެރި އޮޕަރޭޝަނެކެވެ. އެ ސަރަހައްދުގައި ހާއްސަ އިކުއިޕްމަންޓްތަކާއެކު ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

    އިޓަލީގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ބުނި ގޮތުގައި، މަރުވި މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި އެ ގައުމުގެ އޮފިޝަލުން ދިވެހި އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ފަސް މީހުން ދަތުރުކުރި 'ޑިއުކް އޮފް ޔޯކް' ސަފާރީގައި ތިބި އިޓަލީގެ އެހެން 20 މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ސްްރީލަންކާގެ ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. މޫސުން ރަނގަޅުވިހާ އަވަހަކަށް އެ އުޅަނދު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.

    މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއްފަހަރާ މިހާ ގިނަ ޑައިވަރުން މަރުވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށް ބެލެވެއެވެ. ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފަސް މީހުން މޫދަށް ފޭބީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. އެ މީހުން އަނބުރާ މައްޗަށް ނޭރުމުން އުޅަނދުގެ ފަޅުވެރިން ވަނީ އެ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

    ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދުގެ މޫސުން އޭރު ގޯހެވެ. އަދި މާލެއާ 100 ކިލޯމީޓަރު ދުރުގައި އޮތް އެ ސަރަހައްދުގެ ދަތުރުވެރިންނާއި މަސްވެރިންނަށް ސަމާލުވުމަށް ރީނދޫ ސަމާލުވެސް އޮތީ ނެރެފައެވެ.

    ޔުނިވަރސިޓީ އޮފް ޖެނޯއާއިން ފަހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ޕްރޮފެސަރ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު އަދި އެ ޔުނިވަރސިޓީގެ ދަރިވަރެއް ކަމަށްވާ ޖިއޯޖިއާ ސޮމަކާލް އާއި، ރިސާޗް ފެލޯ މުރިއެލް އޮޑެނީނޯ އަދި މެރިން ބަޔޮލޮޖީން ގްރެޖުއޭޓްވެފައިވާ ފެޑެރީކޯ ގުއަލްޓިއޭރީއެވެ. ފަސްވަނަ މީހަކީ ބޯޓު އޮޕަރޭޝަންސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެޓީއެވެ.

    ޔުނިވަރސިޓީ އޮފް ޖެނޯއާއިން އެކްސް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި، މަރުވި މީހުންގެ އާއިލާތަކަށް ވަނީ ވަރަށް ފުން ހިތާމައަކާއެކު ތައުޒިޔާ ފޮނުވާފައެވެ.

    ސްްރީލަންކާއަށް ކަނޑައަޅާފައި ހުންނަ އިޓަލީގެ ސަފީރު ދަމިއާނޯ ފްރެންކޮވިޗް "ސްކައި ޓީޖީ24" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް އެކެއްގެ ހަށިގަނޑު ފެނިފައިވީ ނަމަވެސް، ބާކީ ތިބި ހަތަރު މީހުން އަދި ފެނިފައިނުވާ ކަމަށެވެ.

    އިޓަލީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ފަސް ޑައިވަރުން ވަދެފައިވާ ހޮހަޅަކީ ހަނި މަގުތަކަކުން ގުޅިފައިވާ ބޮޑު ތިން ކޮޓަރި ފަދަ ހުސް ސަރަހައްދުތަކެއް އެކުލެވިގެންވާ ތަނެކެވެ. ކޯސްޓްގާޑުގެ ޑައިވަރުން ހުކުރު ދުވަހު ކުރި ޑައިވްގައި މި ތަނުން ދެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ތިންވަނަ ސަރަހައްދު ބެލުމަށްޓަކައި ހޮނިހިރު ދުވަހު އިތުރު ޑައިވްއެއް ކުރުމަށް ވަނީ ރޭވިފައެވެ.

    މަރުވި މޮންޓެފަލްކޯންގެ ފިރިމީހާ ކާލޯ ސޮމަކާލް އިޓަލީގެ ނޫހެއް ކަމަށްވާ "ލާ ރިޕަބްލިކާ" އަށް ބުނި ގޮތުގައި، އޭނާގެ އަންހެނުންނަކީ ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ޑައިވަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާއަކީ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވާ އަދި ފަރުވާތެރި މީހެއް ކަމަށާއި، އަންހެނުންނަކީ އޭނާގެ ދަރިފުޅުގެ ނުވަތަ އެހެން މީހެއްގެ ފުރާނަވެސް ނުރައްކަލަށް ހުށަހަޅާނެ މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ. "ފަހަރެއްގައި އޮކްސިޖަން ޓޭންކަށް މައްސަލައެއް ދިމާވީ ކަމަށްވެސް ވެދާނެ، އަދި ސީދާ ވީގޮތެއް ނޭނގެ،" އޭނާ އިތުރަށް ބުންޏެވެ.

    މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ޑައިވް މާސްޓަރ މައުރީޒިއޯ އުރާސް ލަފާކުރާ ގޮތުގައި މިއީ "އޮކްސިޖަން ޓޮކްސިސިޓީ" ނުވަތަ އޮކްސިޖަން ޒަހަރަކަށްވުމުގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެއެވެ. އޭނާ އިޓަލީގެ "އަގީ" ނިއުސް އެޖެންސީއަށް ކިޔައިދިން ގޮތުގައި، ވަރަށް ފުނަށް އަޑިއަށް ޑައިވް ކުރާއިރު، އޮކްސިޖަން މިކްސްޗަރ ރަނގަޅު ނޫންނަމަ، ވަކި ހިސާބަކުން އޮކްސިޖަންއަކީ ހަށިގަނޑަށް ވިހަ އެއްޗަކަށް ވެދާނެއެވެ.

    މީގެ އިތުރުން މޫސުމީ ހާލަތަކީވެސް މުހިންމު ކަމެއް ކަމަށާއި، މެދުތެރޭ ކަނޑާ (މެޑިޓެރޭނިއަން ސީ) އާ ހިލާފަށް އިންޑިއާ ކަނޑަކީ ވަރަށް އޮއިގަދަ އަދި ނުރައްކާތެރި ކަނޑެއްކަން އޭނާ ފާހަގަކުރިއެވެ.

    ރާއްޖޭގައި ޑައިވިން އަދި ސްނޯކްލިން ހާދިސާތައް ހިނގުމަކީ ނިސްބަތުން މަދު ކަމެއް ނަމަވެސް، ފާއިތުވި އަހަރުތަކުގައި ބައެއް ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްލައިދޫ ރިސޯޓު ކައިރީގައި ޑައިވް ކުރަން އުޅުނު އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ޑައިވަރަކު ވަނީ މަރުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ކުރީކޮޅު ޅ. އަތޮޅުގައި ސްނޯކްލިންއަށް ގޮސް އުޅުނު ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކުވެސް ވަނީ މަރުވެފައެވެ.

    ]]>
    Sun, 17 May 2026 03:41:38 +0500 ނިއުސް ޑެސްކް
    މެންބަރު ޕާޓީން ވަކިކޮށްގެން ދިއްގަރު ދާއިރާގޮނޑި ހުސްކޮށްލަނީ. https://heerasnews.com/4179 https://heerasnews.com/4179 އިތުބާރު ހުރި މަސްދަރަކުން މައުލޫމަތުދޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް ވަކިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ފަލާހު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

    މަޖިލީހުގެ މިހާރުގެ ނައިބުރައީސް ޕީއެންސީގެ މެންބަރ ކަމުން ވަކިކޮށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްކޮށްލުމަށް ދަނީ ރޭވެމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

    އަނެއްކޮޅުން މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މެލޭސިޔާއަށް ފުރާވަޑައިގަތުމަށް ތައްޔާރު ވަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

    މައުލޫމާތު ލިބޭގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުއްލާ ވެސް މަގާމުން ވަރަށް އަވަހަށް ވަކިކުރުމުގެ ވިސްނުމެއް ޕީއެންސީން ގެންގުޅޭ ކަމަށްވެސް މައުލޫމަތު ލިބިފައިވެއެވެ.

    ]]>
    Wed, 13 May 2026 16:36:11 +0500 ނިއުސް ޑެސްކް
    އަހަންނަކީ މަލާއިކަތެއް ނޫން & އާދައިގެ އާންމު އިންސާނެއް: ވިޖޭ https://heerasnews.com/4163 https://heerasnews.com/4163 މަޝްހޫރު ތަމަޅަ ފިލްމީ ތަރި ތަލަޕަތީ ވިޖޭ އަކީ ސިޔާސީ ކަންކަމަށް އަލަށް ނުކުމެވަޑައިގެންނެވި ތަރިއެކެވެ. ސީ. ޖޯސެފް ވިޖޭ (ގިނަ ބަޔަކު ދަންނަ ގޮތުން ނަމަ ތަލަޕަތީ ވިޖޭ) މިހާރު ވަނީ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރ ކަމަށް އިންތިހާބުވެ މަގާމުގެ ގާނޫނީ ހުވާ މިއަދު ކުރައްވާފައެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީޕް މިނސްޓަރ ސީ. ޖޯސެފް ވިޖޭ ވިދާޅުވީ "އަހަންނަކީ މަލާއިކަތެއް ނޫން - ހަމަ އާދައިގެ އާންމު އިންސާނެއް"ކަމަށެވެ.

    އާއްމު ރައްޔިތުންގެ ވިންދާއެއް ގޮތަށް މަސައްކަތް ކުރެއްވުމަށް ނިކުންނެވި މަޝްހޫރު އެކްޓަރު ވިޖޭގެ އާ ސަރުކާރާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ހިއްސާކޮށްލާ ދޭނަމެވެ.

    ސިޔާސީ ޕާޓީ: އޭނާ އިސްކޮށް ހުންނަވަނީ "ތަމަޅަގަ ވެއްޓްރި ކަޅަގަމް" (ޓީ.ވީ.ކޭ) ޕާޓީގައެވެ.

    މަގާމާ ހަވާލުވެވަޑައިގެންނެވި ތާރީޚު: 10 މޭ 2026.

    މުހިންމުކަން: ވޭތުވެދިޔަ 60 އަހަރު ތެރޭގައި ތަމަޅަ ނާޑޫގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަމުން އައި ޑީ.އެމް.ކޭ އަދި އޭ.އައި.އޭ.ޑީ.އެމް.ކޭ ގެ ބާރު ކަނޑުވާލައި، އެ ދެ ޕާޓީ ނޫން އެހެން ފިކުރެއްގެ ވެރިކަމެއް ގާއިމުކުރެއްވި ފުރަތަމަ ލީޑަރަކީ ވިޖޭއެވެ.

    އެންމެ ފުރަތަމަ ނިންމެވި ނިންމެވުން: ޗީފް މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓުން 200 ޔުނިޓް ހިލޭ ދިނުމުގެ ގަރާރުގައި ސޮއިކުރެއްވުމެވެ.

    ފަސްމަންޒަރު: 4 މޭ 2026 ގައި ބޭއްވުނު ތަމަޅަ ނާޑޫގެ އެސެމްބްލީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ފުރިހަމަ އަގުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، 108 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ޓީ.ވީ.ކޭ ވުމުން، އެހެން ބައެއް ޕާޓީތަކުގެ އެހީތެރިކަމާއެކު އެ ޕާޓީން ވަނީ އަގުލަބިއްޔަތު ހޯދައި ސަރުކާރު އެކުލަވާލާފައެވެ.

    2026 ވަނަ އަހަރުގެ އިންތިހާބީ ކެމްޕޭނުގައި، ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ (ޓީ.ވީ.ކޭ) ވަނީ އަންހެނުންނާއި، ޒުވާނުން އަދި ދަނޑުވެރިންގެ ލާބަޔާއި މަންފާއަށް އަމާޒުކޮށް އިޖުތިމާއީ ރައްކާތެރިކަމުގެ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. މިއަދު، 10 މޭ 2026 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އޭނާ ވަނީ ވަގުތުން އެ ވަޢުދުތައް ފުއްދަވަން ފަށްޓަވާފައެވެ.

    އެގޮތުން 200 ޔުނިޓާ ހަމައަށް ހިލޭ ކަރަންޓު ދިނުމަށާއި، އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަ "ސިންގަޕެން ފޯސް" އުފެއްދުމުގެ އިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ހާއްސަ ފައުޖެއް އެކުލަވާލުމުގެ ގަރާރުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

    އޭނާގެ މައިގަނޑު "ކާމިޔާބު" ވައުދުތަކުގެ ތެރޭގައި ހިމެނެނީ:

    އަންހެނުންގެ މަންފާއަށް: ގޭބިސީތަކުގެ އިސްވެރިންގެ ގޮތުގައި ތިބޭ، އުމުރުން 60 އަހަރުން ދަށުގެ އަންހެނުންނަށް މަހަކު 2,500 ރުޕީސްގެ މާލީ އެހީ ދިނުމާއި، އަހަރަކު 6 ގޭސް ފުޅި ހިލޭ ފޯރުކޮށްދިނުމެވެ. އަދި ތަނަވަސްކަން ކުޑަ އާއިލާތަކުގެ ކައިވެނިކުރާ އަންހެން ކުދިންނަށް 8 ގްރާމްގެ ރަނާއި ފަށުވި ސާޅީއެއް ހަދިޔާކުރުން ހިމެނެއެވެ.

    ޒުވާނުންނާއި ތައުލީމު: ޔުނިވަރސިޓީ ދަސްވެނިންނަށް މަހަކު 4,000 ރުޕީސް އާއި ޑިޕްލޮމާ ހާސިލުކޮށްފައިވާ ފަރާތްތަކަށް 2,500 ރުޕީސްގެ "އަންއެމްޕްލޯއިމަންޓް އެލަވަންސް" އެއް ދިނުން ހިމެނެއެވެ. އޭގެ އިތުރުން، އެއްވެސް ރަހުނަކާ ނުލައި 20 ލައްކަ ރުޕީސްއާ ހަމައަށް ތަޢުލީމީ ލޯނު ދޫކުރުމާއި، ވަޒީފާ ދިނުމުގެ ކަންކަން ލަސްވިޔަނުދީ ތަރުތީބުން ކުރިއަށް ގެންދިއުމަށް ހާއްސަ ކަލަންޑަރެއް އެކުލަވާލުން ހިމެނެއެވެ.

    ދަނޑުވެރިން: 5 އޭކަރަށް ވުރެ ކުޑަ ބިންތަކުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ލޯނުތައް އެއްކޮށް މާފުކޮށްދިނުމާއި، އެހެން ދަނޑުވެރިންގެ ލޯނުތަކުގެ ދެބައިކުޅަ އެއްބައި މާފުކޮށްދިނުމަށް ނިންމިއެވެ. ހަނޑުލާއި ހަކުރު ގަންނާނެ އެންމެ ދަށް އަގުތަކެއް ސަރުކާރުން ކަނޑައެޅުމަޚިވެސް ވައުދެކެވެ.

    ވެރިކަން ހިންގުމާއި ޓެކްނޮލޮޖީ: އިންޑިއާގައި ފުރަތަމަ ފަހަރަށް "މިނިސްޓްރީ އޮފް އާޓިފިޝަލް އިންޓެލިޖެންސް" އުފެއްދުމާއި، 2036 ވަނަ އަހަރާ ހަމައަށް ޓެމިލްނާޑޫގެ އިގްތިސާދު 1.5 ޓްރިލިއަން ޑޮލަރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ޗީފް މިނިސްޓަރ ވަނީ އަމާޒު ހިފާފައެވެ.

    ސިއްހަތާއި ރައްކާތެރިކަން: ކޮންމެ އާއިލާއަކަށް 25 ލައްކަ ރުޕީސްގެ ހެލްތު އިންޝުއަރެންސް ފޯރުކޮށްދިނުމާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަހަކު 3,000 ރުޕީސްގެ ޕެންޝަނެއް ދިނުމާއި ހުރިހާ ގެއަކަށް އިސްކުރުބަރިން ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވިޖޭ ސަރުކާރުގެ މައިގަޑު އެއް އަމާޒެވެ.

    ]]>
    Sun, 10 May 2026 14:40:34 +0500 ނިއުސް ޑެސްކް
    ރާއްޖޭގެ މަރުތަކާއި ނުރައްކާތެރި ހަދިސާގެ ރެކޯޑް https://heerasnews.com/4159 https://heerasnews.com/4159 ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާކަމަށް ރެކޯޑު ކުރެވިފައިވަނީ އާބާދީގެ ތަރުތީބަށް ބަލައި މާލެ ސިޓީގައެވެ. މާލެއަށް ފަހު ދެން އެންމެ ގިނަ މަރުގެ ހާދިސާތައް ރެކޯޑު ކުރެވިފައިވަނީ އައްޑޫ ސިޓީގައެވެ. މާލެ ސަރަހައްދުގައި މަރުގެ ނިސްބަތް މަތި ނަމަވެސް، ރާއްޖޭގެ ބައެއް އެހެން އަތޮޅުތަކުގައި ތިމާވެށި ތަގައްޔަރުވުމާއި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކަކީ ސިއްހީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކެކެވެ.

    މަރުގެ ހާދިސާތަކާއި އޭގެ ސަބަބުތައް (2025 ވަނަ އަހަރުގެ ތަފާސްހިސާބު):

    • މަރުގެ ނިސްބަތް އެންމެ މަތީ ސަރަހައްދު:

    2021 ވަނަ އަހަރު ރާއްޖޭގައި މަރުވި 1,500 މީހުންގެ ތެރެއިން 880 މީހުންނަކީ މާލެ ސަރަހައްދަށް ނިސްބަތްވާ މީހުންނެވެ.

    • ނުރައްކާތެރި ހާދިސާތައް:

    2025 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުން މަރުވި ނިސްބަތް އެންމެ މަތީ އައްޑޫ ސިޓީގައެވެ.

    • ތިމާވެށީގެ ނުރައްކާ:

    ކުނި މެނޭޖުކުރާ ރަށް ކަމަށްވާ ތިލަފުށްޓާ ކައިރިވުމުގެ ސަބަބުން، ވިލިނގިލީގެ ރައްޔިތުންނަށް ސިއްހީ ގޮތުން ތަފާތު ނޭދެވޭ އަސަރުތަކެއް ފޯރަމުންދެއެވެ.

    • އާންމު ހާލަތު:

    2025 ވަނަ އަހަރު ރާއްޖޭގެ މަރުގެ ނިސްބަތް ހުރީ ކޮންމެ 1,000 މީހަކަށް 2.86 އެވެ. މީގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ މަރުތަކަކީ ގައިންގަޔަށް ނާރާ ބަލިތަކާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅުންހުރި މަރުތަކެވެ.

    އިތުރު މައުލޫމާތު:

    • ކޮވިޑް-19:

    ފަހުގެ ތާރީޚެއްގައި މަރުގެ ނިސްބަތް އެންމެ ބޮޑަށް މަތިވެގެން ގޮސްފައިވަނީ 2021 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ.

    • ސުނާމީގެ ނުރައްކާ:

    ތާރީޚީ ގޮތުން ބަލާއިރު، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު މަރުވެފައިވާއިރު، މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރ. އަތޮޅު، ތ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކަށެވެ.                  

    ]]>
    Sat, 09 May 2026 16:29:05 +0500 ނިއުސް ޑެސްކް
    ފޮނުވާލާ ޗިޓަކުން އެމްޑިޕީ ލަޝްކަރު ފަހަތަކަށް ނުޖެއްސޭނެ https://heerasnews.com/4152 https://heerasnews.com/4152 އެމްޑީޕީއަކީ ދިވެހިރާއްޖެއަށް އުއްމީދާއި ހެޔޮ ބަދަލު ގެނެސްދޭ، ފަހުރުވެރި ޕާޓީކަމަށާއި ފޮނުވާލާ ޗިޓަކުން، އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ ކަމަށް އެމްޑީޕީ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. 

    އެމްޑީޕީގެ ރައީސް ޝާހިދު އެ މޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ އެމްޑީޕީގެ  ގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ އެއްވެސް އަސާސެއް ނެތިކަމަށް ވިދާޅުވެއެވެ.  

    އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ސަރުކާރުގެ މުވައްސަސާތައް މެދުވެރިކޮށް އިދިކޮޅު ހަރަކާތްތެރިންނަށާއި ޕާޓީތަކަށާއި މީޑިއާއަށް ބިރު ދެއްކުން ސަރުކާރުން އާއްމުކަމަކަށް ހަދައިފިއެވެ. 

    ]]>
    Thu, 07 May 2026 11:39:04 +0500 ނިއުސް ޑެސްކް
    ދުނިޔޭގެ އެންމެ ބޮޑެތި ކުށުގެވެށިތައް: ސަލާމަތުން އަންނަން ނުދާތި! https://heerasnews.com/4150 https://heerasnews.com/4150 2026 ވަނަ އަހަރުގެ ކުރީކޮޅުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެންމެ ނުރައްކާތެރި ސިޓީތައް ހުރިކަމަށް ބޮޑަށް ފާހަގަކުރެވެނީ މެކްސިކޯ، ދެކުނު އެފްރިކާ އަދި އިކުއެޑޯ ގައެވެ. ކުށްކުރުމުގެ ރެކޯޑް އޮތް ސިޓީތަކުގައި ކުށްކުރުން އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި މަސްތުވާތަކެތީގެ ކާޓެލްތަކުގެ މެދުގައި ހިނގާ ކުރިމަތިލުންތަކާއި، ގޭންގު ކުށްތަކާއި، މީހުން މެރުމުގެ މިންވަރު އިންތިހާއަށް އިތުރުވުމުގެ ސަބަބުންނެވެ.

    ލިސްޓުގެ އެންމެ ކުރީގައި އުޅޭ ސިޓީތަކުގެ ތެރޭގައި މެކްސިކޯގެ ކޮލީމާ، އިކުއެޑޯގެ ދުރާން، އަދި ދެކުނު އެފްރިކާގެ ޕިއެޓާމަރިޓްޒްބާގް ހިމެނެއެވެ. މި ސިޓީތަކުގައި ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން މަރާލާކަމަށް ރެކޯޑުކުރެވިފައިވެއެވެ.

    2025-2026 ވަނަ އަހަރުގެ އެންމެ ނުރައްކާތެރި ސިޓީތައް: 

    ނުރައްކާތެރި ސިޓީގެ ގޮތުގައި ބަލަނީ ކުށްކުރުމާއި މީހުން މެރުން އެންމެ ގިނަ ކަމަށް ރެކޯޑް ކުރެވިފައިވާ ސިޓީތަކެވެ. އެގޮތުން ކުށުގެ ރެކޯޑް އެންމެ މަތީގައި ވާ ސިޓީތައް ފާހަގަ ކޮށްލަމެވެ. 

    ކޮލީމާ، މެކްސިކޯ:

    ދުނިޔޭގެ އެންމެ ނުރައްކާތެރި ސިޓީގެ ގޮތުގައި މެކްސިކޯގެ ކޮލީމާ އަދިވެސް އޮތީ އެންމެ ކުރީގައެވެ. މަސްތުވާތަކެތީގެ ކާޓެލްތަކުގެ މެދުގައި ހިނގާ ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކާ ގުޅިގެން، އެ ސިޓީގައި ކޮންމެ އެއްލައްކަ މީހަކަށް 180 އަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ.

    ދުރާން، އިކުއެޑޯ:

    ކުށުގެ ލިސްޓަށް އަލަށް އިތުރުވި ދުރާންގައި ސަލާމަތީ ނުރައްކާތެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ މަސްތުވާތަކެތީގެ ގޭންގުތަކުގެ މައި މަރުކަޒަކަށް މިހާރު ވަނީ ވެފައެވެ.

    ޕިއެޓާމަރިޓްޒްބާގް، ދެކުނު އެފްރިކާ:

    2025 އާއި 2026 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފޭރުމާއި އިޖުތިމާއީ ހަމަނުޖެހުންތަކުގެ ސަބަބުން މި ސިޓީއަކީ ވަރަށް ބޮޑު ނުރައްކަލެއް އޮތް ތަނެކެވެ.

    ސިއުޑާޑް އޮބްރެގޯން، މެކްސިކޯ: 

    ސިއުޑާޑް އޮބްރެގޯން ސިޓީގައި ވައްކަމާއި ފޭރުމުގެ އިތުރުން ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޖަރީމާތައް އިންތިހާއަށް ގިނައެވެ.

    ކަރާކަސް، ވެނެޒުއޭލާ:

    ކަރާކަސްއަކީ ޒަމާނުއްސުރެ މީހުން މެރުމާއި، ފޭރުމާއި އަދި މީހުން ރަހީނުކުރުން ފަދަ ނުރައްކާތެރި ކުށްތައް އާންމުވެފައިވާ ސިޓީއެކެވެ.

    ސަރަހައްދީ ގޮތުން ފާހަގަކުރެވޭ ތަންތަން:

    މެކްސިކޯ:

    ދުނިޔޭގެ އެންމެ ނުރައްކާތެރި ސިޓީތަކުގެ ތެރޭގައި މެކްސިކޯގެ ސިޓީތައް ގިނަކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ޒަކަޓެކަސް، ޓިހުއާނާ، އަދި އަކަޕުލްކޯ ހިމެނެއެވެ.

    ދެކުނު އެފްރިކާ:

    ނުރައްކާތެރި އަދި އަނިޔާވެރި ކުށްތައް ހިނގާ މިންވަރު މަތިވުމުގެ ސަބަބުން، ދުނިޔޭގެ އެންމެ ނުރައްކާތެރި 20 ސިޓީގެ ތެރޭގައި އެ ގައުމުގެ އެކި ސިޓީތައް ހިމެނެއެވެ. އޭގެ ތެރޭގައި ޑާބަން، ޖޯހަނަސްބާގް އަދި ކޭޕް ޓައުން ފާހަގަކޮށްލެވެއެވެ.

    އިކުއެޑޯ:

    ގައުމުގައި ހިންގާ އަނިޔާވެރި އަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިގޮތުން ޑުރާންގެ އިތުރުން ގުއަޔަކީލް އަދި ޕޯޓޯވިއެޖޯ ފަދަ ސިޓީތައް މިހާރު ވަނީ އެންމެ ނުރައްކާތެރި ސިޓީތަކުގެ ލިސްޓުގެ ވަރަށް ކުރީގައެވެ.

    އެމެރިކާ:

    މީހުން މެރުމުގެ ހާދިސާތައް ނިސްބަތުން އެންމެ ގިނަ ސިޓީތަކުގެ ގޮތުގައި މެމްފިސް، ނިއު އޯލިއަންސް އަދި ބޯލްޓިމޯ ފާހަގަކުރެވެއެވެ.

    މައިގަނޑު ސަބަބުތައް:

    • ސަރަހައްދީ ބާރުވެރިކަމަށް ކުރާ ހަނގުރާމައާއި މަސްތުވާތަކެތީގެ ކާޓެލްތައް: ހާއްސަކޮށް މެކްސިކޯ އާއި އިކުއެޑޯގައެވެ.
    • ގުރޫޕް މާރާމާރީތައް: ދެކުނު އެފްރިކާ، މެދުތެރޭ އެމެރިކާ އަދި އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި މި މައްސަލަ ވަރަށް ބޮޑެވެ.
    • ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ނެތުން: ވެނެޒުއޭލާ ފަދަ ގައުމުތަކުން މިކަން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.

    ސަމާލުކަމަށް: ކުށްތަކާ ގުޅޭ ތަފާސްހިސާބުތައް، އެ މައުލޫމާތު އެއްކުރާ މަސްދަރުތަކާއި ބޭނުންކުރާ މިންގަނޑުތަކުގެ ސަބަބުން ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މަސްދަރުތަކުން ކުށްތަކަށް އޮންނަ ބިރުވެރިކަމަށް ބަލާއިރު، އަނެއްބައި މަސްދަރުތަކުން ބަލަނީ މީހުން މެރުމުގެ ހާދިސާތައް ހިނގާ މިންވަރަށެވެ.                   

    ]]>
    Thu, 07 May 2026 01:55:13 +0500 ނިއުސް ޑެސްކް
    ފުލުފުލުގައި ކުރެއްވި ޕޯސްޓްތަކުން ޓްރަމްޕް ހަމަކަމަކަށް ނުބެލެވޭ: މުހައްލިލުން https://heerasnews.com/4134 https://heerasnews.com/4134 ޑޮނަލްޑް ޓްރަމްޕް ރޭގެ ދަންވަރުގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ޕޯސްޓްތަކެއް ކުރައްވައިފިއެވެ. ޓްރަމްޕްގެ އާދަޔާހިލާފު ޕޯސްޓްތަކަކާއި އޭއައި ފޮޓޯތަކެއްގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާ މެދު ވަނީ ސުވާލު އުފެދިފައެވެ.

    ވޮޝިންޓަން ޑީސީގެ މަޝްހޫރު "ރިފްލެކްޓިންގ ޕޫލް" އަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ މަންޒަރުތައް ހިމެނޭހެން، ދަންވަރުގެ ވަގުތެއްގައި ޓްރަމްޕް ކުރެއްވި ސިލްސިލާ ޕޯސްޓްތަކަކާ ގުޅިގެން، އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

    އެމެރިކާގެ ގަޑިން  ރޭގެ 11:03 އެހާކަންހާއިރު ޓްރަމްޕް ވަނީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފައެވެ. އެ ފޮޓޯއިން ފެންނަނީ ލިންކަން މެމޯރިއަލްގެ ރިފްލެކްޓިންގ ޕޫލްގައި ޓްރަމްޕާއި، ޖޭޑީ ވެންސް އަދި މާކް ރޫބިއޯ ގަމީސް ނުލައި ތިބޭ މަންޒަރެވެ. މި ފޮޓޯއިން ދައްކުވައިދެނީ އެ ފެންގަނޑުގެ އަޑީގައިވާ ގްރެނައިޓް ތަޅުންގަނޑު މަރާމާތު ކުރުމުގެ ބަދަލުގައި، "އިންޑަސްޓްރިއަލް ގްރޭޑް" ގެ ކުލައެއް ބޭނުންކޮށްގެން އެމެރިކާގެ ދިދައިގައި ހުންނަ ފަދަ ނޫކުލައަކަށް އެތަން ބަދަލުކޮށްފައިވާ މަންޒަރެވެ.

    "ޓްރުތް ސޯޝަލް" ގައި އޭނާ ހިއްސާކުރެއްވި އިތުރު ފޮޓޯތަކުގެ ތެރޭގައި، ބަރަކް އޮބާމާގެ ރިޔާސަތުގައި އެ ފެންގަނޑު އަޅާނުލެވި އޮތް ކަމަށް ދައްކުވައިދޭ ފޮޓޯއަކާއި، މިހާރު ކުރިއަށްދާ މަރާމާތުތައް ނިމުމުން އެތަން ފެންނާނެ ގޮތުގެ ފޮޓޯއެއް ހިމެނެއެވެ.

    މިކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް އިންޓީރިއާ އިން ހާމަކޮށްފައިވާ ގޮތުގައި، އެތަނުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މޭ މަހުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށެވެ. އަދި އެ ފެންގަނޑުގެ ބޮޑު މަރާމާތެއް އެންމެ ފަހުން ކުރެވުނީ 2012 ވަނަ އަހަރު ކަމަށް ޑިޕާޓްމަންޓް އޮފް އިންޓީރިއާ އިން ބުނެފައިވެއެވެ.

    މިދިޔަ ހަފުތާ ބަންދުގައި ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓުންނަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ވަކި އެއް މައުލޫއަކަށް މަޑުކޮށްލުމެއް ނެތި ފުލުފުލުގައި ރޭގައި ޓްރަމްޕް ކުރެއްވި ޕޯސްޓްތަކުގައި ޓްރަމްޕް ވަނީ މެލަނިއާ ޓްރަމްޕް ހިނިތުންވެފައި ހުރި ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ. މިދިޔަ ހަފުތާ ބަންދުގައި ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓުންނަށް އަމާޒުކޮށް ދިން ހަމަލާއަކީ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއެކެވެ.

    މީގެ އިތުރުން ކުރެއްވި އެހެން ޕޯސްޓެއްގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސްއަށް ނިސްބަތްކޮށް، އޭނާއަކީ "އައިކިއު ދަށް" އަދި "ނުލަފާ މީހެއް" ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި "މައުންޓް ރަޝްމޯރ" ނޭޝަނަލް މެމޯރިއަލްގައިވާ މަޝްހޫރު ރައީސުންގެ މޫނުތަކާ އެކު ޓްރަމްޕްގެ މޫނު ހިމަނާފައިވާ ފޮޓޯއެއްވެސް އޭނާ ހިއްސާކުރެއްވިއެވެ. ޖޯޖް ވޮޝިންޓަން، ތޯމަސް ޖެފަރސަން، ތިއޮޑޯ ރޫޒަވެލްޓް އަދި އަބްރަހަމް ލިންކަންގެ ސޫރައާ އެކު އޭނާގެ ސޫރަ އެ ފަރުބަދައިގައި ކަނޑާނެގުމަކީ "ރަނގަޅު ހިޔާލެއް" ކަމަށް ޓްރަމްޕް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

    2025 ވަނަ އަހަރު ފްލޮރިޑާގެ މަންދޫބު އަނާ ޕައުލީނާ ލޫނާ ވަނީ މައުންޓް ރަޝްމޯރގައި ޓްރަމްޕްގެ ސޫރަ ކަނޑާނެގުމަށް ބިލެއް ހުށަހަޅާފައެވެ. ނަމަވެސް އެ ބިލު ކޮމިޓީ މަރުހަލާއިން ކުރިއަށް ގޮސްފައެއް ނުވެއެވެ.

    ފެންގަނޑުގެ މަރާމާތާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އިތުރަށް ބުނެފައިވަނީ، ހަފުތާ ބަންދުގައި ފެނުނު މަޑު ނޫކުލައަކީ ގިނަ ފަށަލަތަކަކުން ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ލެވޭ "ބޭސް ކޯޓް" ނުވަތަ ފެށުމެއް ކަމަށެވެ.

    ޓްރަމްޕް ހިއްސާކުރެއްވި އެހެން އޭއައި ފޮޓޯއަކުން ފެންނަނީ "ވައިލްޑް" ޖަހާފައިވާ އޫނޯ ކާޑުތަކެއް އޭނާ ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި "ހުރިހާ ކާޑެއް އޮތީ މަގޭ އަތުގައި" ކަމަށް ލިޔެފައިވެއެވެ.

    ޓްރަމްޕްގެ މި ޕޯސްޓްތަކާ ގުޅޭގޮތުން ސިޔާސީ މުހައްލިލު ހެރީ ސިސަން ވިދާޅުވީ، މި ހުރިހާ ކަމެއް ހިނގާފައިވަނީ ގަޑިއެއްހާ އިރަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށާއި، މި މީހާގެ (ޓްރަމްޕްގެ) ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށެވެ.

    ވޭތުވެދިޔަ އަހަރު ޓްރަމްޕް ދެވަނަ ފަހަރަށް ވައިޓް ހައުސްއަށް ވަޑައިގެންނެވިއިރު، އޭނާއަކީ އެމެރިކާގެ ތާރީހުގައި މަގާމާ ހަވާލުވި އެންމެ ދޮށީ އުމުރުގެ ރައީސަށް ވުމުން، އޭނާގެ ސިއްހީ ހާލަތާ މެދު އޮތް ސުވާލުތައް ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.

    ]]>
    Sat, 02 May 2026 20:47:35 +0500 ނިއުސް ޑެސްކް
    ފުލުހުން ހެދި ގޯހަކުން ފިރިމީހާ މަރާލި އަންހެންމީހާ ދޫކޮށްލައިފި https://heerasnews.com/4133 https://heerasnews.com/4133 ފުލުހުންނަށް ހެދުނު އިދާރީ ކުށެއްގެ ސަބަބުން، ހަނީމޫންގައި ފިރިމީހާ މަރާލި ކަމަށް ތުހުމަތުކުރެވޭ އަންހެނަކަށް ކަފާލާތުގެ ފުރުސަތު ލިބިއްޖެއެވެ.

    މޭގަލަޔާގެ ކޯޓަކުން ސޯނަމް ރަގޫވަންޝީ ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމީ، އޭނާ ހައްޔަރުކުރުމުގައި ފުލުހުން ތައްޔާރުކުރި ލިޔެކިޔުންތަކުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަވުމާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ އަހަރު ހަނީމޫނަށް ގޮސް އުޅުމުގެ ތެރޭގައި ފިރިމީހާ މަރާލާފައިވާ ކަމަށެވެ.

    2025 ވަނަ އަހަރު ހިނގި މި ހާދިސާގައި ފުލުހުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ، އިންޑިއާގެ ޖިނާއީ ގާނޫނުގައި ނެތް މާއްދާއަކާ ހަވާލާދީ އޭނާ ހައްޔަރުކުރުމެވެ. ފުލުހުން ބުނާ ގޮތުގައި މިއީ "ކްލެރިކަލް" ނުވަތަ އިދާރީ އޮޅުމެކެވެ. ނަމަވެސް، ހައްޔަރުކުރި ފޯމުގައި 'ބާރަތިޔާ ނިޔާޔާ ސަންހިތާ' ގައި ނެތް މާއްދާއެއް ކަމަށްވާ 403(1) ލިޔެފައި އޮތުމުން، ކޯޓުން އެކަން ބަލައެއް ނުގަތެވެ. އަސްލު މަރުގެ މައްސަލަތަކުގައި ބޭނުންކުރަންޖެހޭ މާއްދާއަކީ 103(1) އެވެ. އިނގިރޭސި އިސްތިއުމާރީ ދުވަސްވަރުގެ "އިންޑިއަން ޕީނަލް ކޯޑު" އުވާލައި، އަމަލުކުރަން ފެށި އާ ގާނޫނުގައި 403(1) ކިޔާ މާއްދާއެއް ނުހިމެނެއެވެ.

    ކޯޓު އަމުރުގައިވާ ގޮތުން، ސޯނަމް ހައްޔަރުކުރި ފޯމާއި، ތަހުގީގީ ރިޕޯޓުތަކާއި، އަދި ކޭސް ޑައިރީގައި ވެސް ބޭނުންކޮށްފައި ވަނީ ގާނޫނުގައި ނެތް މާއްދާއެކެވެ. މިއީ އިދާރީ ކުށެއް ކަމަށް ބުނެ ފުލުހުން ދެއްކި އުޒުރު ކޯޓުން ބޭރުކޮށްލީ، ހައްޔަރުކުރި ސަބަބު ގާނޫނީ ގޮތުން ސައްހަ ގޮތެއްގައި ބުނެދީފައި ނުވާތީ އެ ހައްޔަރަކީ ގާނޫނީ ގޮތުން ސައްހަ ހައްޔަރެއް ނޫން ކަމަށް ކަނޑައަޅާފައެވެ.

    ގާނޫނީ އެހީތެރިކަން ލިބުމުގައި ހުރި ހުރަސްތައް

    މީގެ އިތުރުން، ސޯނަމް ފުރަތަމަ ފަހަރަށް ގާޒީޕޫރު ކޯޓަށް ހާޒިރުކުރިއިރު، އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިފައިވާކަން ލިޔެކިޔުންތަކުން އެނގެން ނެތްކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން، ހައްޔަރުކުރުމުގައި ހުރި މައްސަލަތައް ކުރީ މަރުހަލާގައި ފާހަގަކުރުމުގެ ފުރުސަތު އޭނާއަށް ގެއްލިގެން ދިޔައެވެ.

    ޝަރުތުތަކާއެކު ދޫކޮށްލުން

    ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް، ކޯޓުން ވަނީ ޝަރުތުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ކޯޓުގެ ހުއްދަ ނެތި ޝިލޯންގް ސަރަހައްދުން ބޭރަށް ދިއުން ވަނީ މަނާކޮށްފައެވެ. ސޯނަމްގެ ބޭބެ، ގޯވިންދު ރަގޫވަންޝީ ބުނި ގޮތުގައި އޭނާ ދޫކޮށްލި ނަމަވެސް އާއިލާއިން އޭނާ ގެއަށް ގެންދިއުމާ މެދު އަދި ގޮތެއް ނުނިންމައެވެ. "ސޯނަމަށް ކަފާލާތު ލިބުނުކަން އެނގިއްޖެ، އެކަމަކު އޭނާ ދޫކޮށްލާނެ ވަގުތެއް ނޭނގެ. އޭނާ ގެއަށް ގެނެސްފިނަމަ، އަހަރެން އެގޭގައި ނުހުންނާނަން،" ގޯވިންދު ބުންޏެވެ.

    މައްސަލައިގެ ފަސްފަހަތް

    މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ސޯނަމް އާއި ރާޖާ ރަގޫވަންޝީ ކައިވެނިކުރީ 2025 ވަނަ އަހަރުގެ މެއި މަހުއެވެ. އިންޑޯރުން ޝިލޯންގަށް ކުރި ހަނީމޫން ދަތުރުގެ ތެރެއިން ރާޖާ ގެއްލިގެން ހޯދަނިކޮށް، އޭނާގެ ހަށިގަނޑު ފެނުނީ ޖޫން މަހުގެ 2 ވަނަ ދުވަހު ފުން ވަޅުގަނޑެއްގެ ތެރެއިންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ ސޯނަމް އިތުރު ބަޔަކާ ގުޅިގެން ރާވައިގެން ހިންގި މަރެކެވެ. މި މައްސަލައިގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން ތިން މީހަކު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

    ހައްޔަރުކުރުމުގެ މަރުހަލާގައި ހުރި މި ބޮޑެތި ގޯސްތަކުގެ ސަބަބުން، ތަހުގީގު ކުރިއަށް ދިޔަ ނަމަވެސް، މުޅި މައްސަލައިގެ ކުރިމަގަށް ގާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

    ]]>
    Sat, 02 May 2026 19:10:07 +0500 ނިއުސް ޑެސްކް
    ރޭޕިސްޓް ގައްޔޫމް 20 އަހަރަށް ފަހު އަތުލައިގެންފި https://heerasnews.com/4132 https://heerasnews.com/4132 ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު، 20 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ފޮރެންސިކް ތަހުލީލުތަކަށް ލިބުނު ކުރިއެރުމަކާ ގުޅިގެން އަތުލައިގަނެ، ޖަލަށް ލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2004 ވަނަ އަހަރުގެ ޖޫން މަހު އިނގިރޭސިވިލާތުގެ ބްރެޑްފޯޑްގައެވެ. އޭރު އުމުރުން 31 އަހަރުގެ އަބްދުލް ގައްޔޫމް، އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކު އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސްގެން މަސްތުވާތަކެއްޗާއި ރާ ދީގެން ޖިންސީ ގޯނާ ވަނީ ކޮށްފައެވެ.

    މިހާރު އުމުރުން 53 އަހަރުގެ ގައްޔޫމް، އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކަށް އިންކާރު ކުރި ނަމަވެސް، ބްރެޑްފޯޑް ކްރައުން ކޯޓުން ވަނީ އޭނާ ކުށްވެރިވާ ކަމަށް ނިންމައި 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން، އޭނާގެ ނަން ވަނީ އުމުރަށް ޖިންސީ ކުށްވެރިންގެ ދަފްތަރުގައި ހިމަނާފައެވެ.

    ކޯޓުގައި ހާމަކުރި ގޮތުގައި، ގައްޔޫމް އެ ކުއްޖާއާ ދިމާވީ އޭނާގެ ރަހުމަތްތެރިއަކު ދުއްވި ކާރެއްގެ ފަސިންޖަރެއްގެ ގޮތުގައި އިންދައެވެ. އެމީހުންނާއެކު ދިއުމަށް އެ ކުއްޖާއަށް ބާރުއަޅައި، އެންމެ ފަހުން ކާރަށް އެރުމަށް އަމުރުކުރިއެވެ. އެއަށްފަހު، ގައްޔޫމްގެ އެޕާޓްމަންޓަށް ގެންގޮސް އެ ކުއްޖާއަށް މަސްތުވާތަކެތި ދީ، ރާ ބޯންދިނުމަށްފަހު ވަނީ ޖިންސީ ގޯނާކޮށްފައެވެ. އެ ކުއްޖާ އެތަނުން ދިޔަ ނުދިނުމަށް އޭނާ މަސައްކަތް ކުރި ނަމަވެސް، އެ ކުއްޖާ ވަނީ ފުލުހުންނަށް ގުޅައި އެތަނުން ސަލާމަތްވެފައެވެ.

    އަނިޔާ ލިބުނު ފަރާތުން ކޯޓުގައި ދިން ބަޔާނުގައި ބުނެފައިވަނީ، އޭނާއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކާ އަޅާބަލާއިރު، ގައްޔޫމަށް ކިތަންމެ ދިގު މުއްދަތެއްގެ ހުކުމެއް އިއްވި ކަމުގައިވިޔަސް އެއީ ފުދޭވަރެއް ނޫން ކަމަށެވެ. "އަހަރެންނަކީ އޭރު އެންމެ 14 އަހަރުގެ ކުޑަކުއްޖެއް. އާދައިގެ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ކަލޭ އަހަރެންގެ ކިބައިން ނިގުޅައިގަތީ. 22 އަހަރު ވަންދެން ކަލޭ އާދައިގެ ދިރިއުޅުމެއް އުޅުނުއިރު، އަހަރެން މިއުޅުނީ ކަލޭގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން ޖަލެއްގައި އުޅޭ ފަދަ އިހުސާސެއްގައެވެ،" އޭނާ ބުނެފައިވެއެވެ. ނަމަވެސް، އެތައް ދުވަހަކަށްފަހު އިންސާފު ލިބުމުން ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

    ވެސްޓް ޔޯކްޝަޔަރ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، 2004 ވަނަ އަހަރުވެސް ގައްޔޫމް ހައްޔަރުކޮށް ސުވާލުކުރެވުނެވެ. ނަމަވެސް އޭރު ލިބިފައި ހުރި ހެކިތަކަކީ އޭނާގެ މައްޗަށް ދައުވާ ކުރެވޭ ފަދަ ވަރުގަދަ ހެކިތަކަކަށް ނުވާތީ އޭނާ ދޫކޮށްލީއެވެ. މި މައްސަލަ އަލުން ބަލަން ފެށީ ފުލުހުންގެ "އޮޕަރޭޝަން ރީކޯލް" ގެ ދަށުންނެވެ. މި މަސައްކަތުގެ ތެރެއިން، އޭރު ނަގާފައިވާ ސާމްޕަލްތަކުން ފެނުނު ޑީއެންއޭ އާއި ގައްޔޫމްގެ ޑީއެންއޭ ދިމާވުމުން، އޭނާ މިހާރު އެވަނީ އަތުލައިގަނެވިފައެވެ.

    ]]>
    Sat, 02 May 2026 15:42:50 +0500 ނިއުސް ޑެސްކް
    ދިއްގާ ގަހަކީ ކިހާވަރެއްގެ ގަހެއް https://heerasnews.com/4122 https://heerasnews.com/4122 ދިއްގާ ގަހަކީ ރާއްޖޭގެ ވެއްޓާ ވަރަށްގުޅޭ ދިވެހި ވެށީގެ އެއްބައެވެ. އާއްމުކޮށް ދިއްގާގަހުގެ ލަކުޑިއާއި ދަނޑިއާއި ވަކައިން ކުރާ ބޭނުންތައް ގިނަ ދިވެހިންނަށް އެނގޭނެއެވެ. އާއްމުން އެނގޭ ބޭނުންތަކަށް ވުރެ ދިއްގާ ގަހުގެ ފައިދާ މާބޮޑުވެފައި ގިނައެވެ.

    1. ތިމާވެށީގެ ގޮތުންނާއި އިކޮލޮޖިކަލް ގޮތުން ކުރާ ފައިދާ

    ގޮނޑުދޮށް ހިމާޔަތްކުރުމާއި ރަށްގިރުން ހުއްޓުވުން: ދިއްގާ ގަހަކީ އާންމުކޮށް ގޮނޑުދޮށްތަކުގައި ހެދޭ ގަހަކަށް ވުމާއެކު، މިއީ ވަޔާއި ލޮނު އަރާ ފޭބުން ހުރަސްކޮށްދޭ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރާ ގަހެކެވެ. ދިއްގާ ގަހުގެ ވަރުގަދަ އޮނިގަނޑުގެ ސަބަބުން ވެލިގަނޑު ހިފަހައްޓައިދީ، ރަށްގިރުން ހުއްޓުވުމަށް އެހީތެރިވެދެއެވެ.

    ދިރުންތަކަށް ފަހި މާހައުލެއް ފޯރުކޮށްދިނުން: އައްސޭރި ފަށުގެ ދިރުންތަކަށް ރައްކާތެރި މާހައުލަކާއި ބިސްއަޅައި އާލާވާނެ ތަނެއް މި ގަސްތަކުގެ ސަބަބުން ލިބިދެއެވެ.

    ގޮނޑުދޮށް ފެހިކުރުން: ލޮނުގެ އަސަރަށާއި ގަދަ ވަޔަށް ކެތްކުރާ ގަހަކަށް ވުމުން، މިއީ އަތިރިމަތީގެ ސަރަހައްދުތައް ފެހިކޮށް، ރީތިކުރުމަށް އެންމެ އެކަށީގެންވާ އެއް ގަހެވެ.

    2. އަމަލީ އަދި ސިނާއީ ބޭނުންތައް

    ދަރާއި ލަކުޑި: ދިއްގާ ލަކުޑިއަކީ ވަރަށް ހަރު އަދި ބަރު ލަކުޑިއަކަށް ވުމުން، މިއީ ދަރުގެ ގޮތުގައި ބޭނުންކުރުމަށް ވަރަށް ރަނގަޅު އެއްޗެކެވެ.

    ދޯނިފަހަރު ބަނުމާއި އިމާރާތްކުރުން: ސަގާފީ ގޮތުން ބަލާއިރު، ދިއްގާ ލަކުޑި އަކީ ދޯނިފަހަރު ބަނުމަށާއި، ފުޅަށް އެޅުމަށާއި ފެންސް ޖެހުމަށާއި، ލުއި އިމާރާތްތައް ކުރުމަށް ބޭނުންކުރާ މުހިންމު ބާވަތެކެވެ.

    ނަރު ނުވަތަ ފައިބަރު (ވަކަ): މި ގަހުގެ ތޮށިން ނަރު (ވަކަ) ނަގައިގެން ވައު އެޅުމަށާއި އެއްސުމަށާއި ބަނުމަށް ވަކަ ސުތުޅިގެ ބަދަލުގައި ބޭނުން ކުރެވެއެވެ.

    3. ބޭސްވެރިކަމާއި ސިއްހީ ގޮތުން ހުރި ފައިދާތައް

    ހިބިސްކަސް ޓިލިސަސް ނުވަތަ ދިއްގާ ގަހަކީ ސައި ހެދުމަށް ބޭނުންކުރާ ހިބިސްކަސް (ސައިމާ) އާ ތަފާތު އެއްޗެއް ނަމަވެސް، މީގެ ބައެއް ބާވަތްތަކުގައި ބޭސްވެރިކަމުގެ ގޮތުން ސައިމާ އާއި އެއްގޮތް ސިފަތަކެއް ހުރެއެވެ.

    ދުޅަ ތިރިކުރުމާއި އެންޓިއޮކްސިޑަންޓް: ދިއްގާ ފަތުން ނަގާ ދިޔައިގައި ދުޅަ ތިރިކޮށްދޭ މާއްދާތަކާއި ހަށިގަނޑަށް ފައިދާހުރި އެންޓިއޮކްސިޑަންޓްތައް ހިމެނެއެވެ.

    އާންމު ފަރުވާ: ސަގާފީ ބޭސްވެރިކަމުގައި ދިއްގާ ގަހުގެ ތޮއްޓާއި ފަތް ބޭނުންކޮށްގެން ހަށިގަނޑުގެ ދުޅަތައް ތިރިކުރުމަށާއި، ހުން ފިލުވުމަށާއި، ބޮލުގައި ރިއްސުން ފަދަ ކަންކަމަށް ފަރުވާ ކުރެވެއެވެ.

    ހަމުގެ ދުޅަހެޔޮކަން: ހަންގަނޑަށް އަރާ ތަދުތަކާއި ޒަހަމްތަކަށް ފަރުވާކުރުމަށް ވެސް މި ގަހުގެ ބައިތައް ބޭނުންކުރެވެއެވެ.

    ކުޑަކަމުދާ ނިޒާމު: ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާއެއްގެ ގޮތުގައި ވެސް ބައެއް މުޖުތަމައުތަކުގައި މީގެ ބޭނުން ކުރެއެވެ.

    4. ކެއުމުގައި ބޭނުންކުރުން

    ކެވޭ ބައިތައް: ދިއްގާ ގަހުގެ ޅަފަތަކީ ރޯކޮށް ނުވަތަ ކައްކައިގެން ކެވޭ އެއްޗެކެވެ. ބައެއް ގައުމުތަކުގައި ފަތް ބޭނުންކޮށްގެން ހަދާ ކާބޯތަކެތި ހެދުމަށް ދިއްގާ ޅަފަތް ބޭނުންކުރެއެވެ. 

    ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރުން: މަޑު ގިނީގައި އަލިފާނަށް ލައިގެންނާއި ހޫނުތަވާ މަތީގައި ފިހެއުޅޭ މަސްފަތަފޮޅި އާއި ހުނިހަކުރު ފަދަ ބާވަތް ބާވަތުގެ ކާބޯތަކެތި ފިހުމަށާއި ކެއްކުމަށް ބޭރުންލުމަށް ދިއްގާފަތް ބޭނުންކުރެއެވެ. އުޅާލި އެޅުމުގައިވެސް ދިއްގާފަތް ބޭނުންކޮށް އުޅެއެވެ.

    ޓެނިންގެ މާއްދާ: މި ގަހުގެ ތޮއްޓާއި މޫތަކުގައި ގިނަ އަދަދަކަށް "ޓެނިން" ހިމެނެއެވެ. މިއީ ބޭސްވެރިކަމުގެ ދާއިރާގައި ނުވަތަ ތިމާވެށީގެ ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ މުހިންމު މާއްދާއެކެވެ.

    ]]>
    Wed, 29 Apr 2026 19:25:54 +0500 ނިއުސް ޑެސްކް
    މާލޭ މޭޔަރަށް ހަމަލާދިނުން ރައީސް މުއިއްޒު ކުއްވެރިއެއް ނުކުރި https://heerasnews.com/4111 https://heerasnews.com/4111 ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ މޭޔަރަށް ދިން ހަމަލާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަކަށް ނުވިއެވެ. ސުލްހަވެރި އެއްވުމެއްގައި ހުންނަވަނިކޮށް މާލޭ މޭޔަރަށް ހަމަލާއެއް ދިނުމަކީ ގައުމެއްގެ ނިސްބަތުގައި ކަންބޮޑު ވާން ނުޖެހޭ ވަރުގެ ކަމެއްނޫނެވެ. 

    މޭޔަރަށް ދިން ހަމަލާ މިހާ އިރު ވީއިރުވެސް ރައީސް މުއިއްޒު ކުއްވެރި ނުކުރެއްވުމާއި އެކަމަގުޅިގެން ސަލާމާތާ ރައްކާތެރި ކަމުގެ ފިޔަވަޅެއް ސަރުކާރުން ނާޅާ އޮތް އޮތުމަކީ އެ އަމަލު ހިންގުވީ ސަރުކާރުންކަމަށް މޭޔަރު ކުރައްވާ ތުހުމަތަށް ލިބޭ ބާރެކެވެ. 

    މިހާ ހިސާބުން ރޭގައި އޮތް ސުލްހަވެރި އެއްވުމެއްގައި ހުންނަވަނިކޮށް މާލޭ މޭޔަރ އޮނަރަބަލް އާދަމް އާޒިމަށް ދިން ހަމަލާއާއި ގުޅިގެން އެ ހަމަލާ ކުއްވެރިކުރައްވާ އެކި ބޭބޭފުޅުން ގެ ޝުއޫރު ހުރިގޮތް ހާމަކޮށްލާނަމެވެ.

    ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: 

    ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މި ހަމަލާ އަވަސް ގޮތެއްގައި ތަހުގީގު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.

    އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ޤާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްޤުތަކެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެކެވެ.

    ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް:

    މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެއްވުމެއްގައި، އެ ބޭފުޅާއަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަކީ ކަންބޮޑުވާކަމެއް. ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަމެއް ނެތި، ރައްކާތެރި މާހައުލެއް އޮންނަންވާނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެންމެނަށްވެސް ރައްކާތެރިކަމާ، ހަމަހަމަކަމާއެކު ލިބިދޭންޖެހޭ ހައްގެއް.

    ކުރީގެ ރައީސް މުހައްމަދު ނަޝީދު:

    މޭޔަރ އާދަމް އާޒިމަށް ދިން ހަމަލާ ކުށްވެރިކުރަން. ދައުލަތުގެ ކަމާގުޅޭ އެންމެހާ ފަރާތްތަކުން މައްސަލަ ބެލުން ކޮންމެހެން ބޭނުން.

    އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު:

    އެމްޑީޕީއިން މާލޭގައި މިރޭ ކުރިއަށް ގެންދިޔަ ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީ މޭޔަރ ޢަދަމް އާޒިމްއަށް ދިން ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. އަދި މިޙަމަލާ ތަހުގީގުކުރުމަށާއި، ވެރިރަށް މާލޭގެ މޭޔަރަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމަށް އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުންނަށާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން

    އެމްޑީޕީ ވަގުތީ ޗެއަރޕާސަން އަބްދުލްގަފޫރު މޫސާ: 

    މި ޕާޓީގެ ސުލްހަވެރި ސިލްސިލާ މުޒާހަރާ ކުރިއަށްދަނިކޮށް، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އަށް މިރޭ ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މި ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް، މޭޔަރ އާޒިމަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޮވާލަން

    އެމްޑީޕީގެ ކުރީގެ ޗެއަޕާސަން ރީކޯ މޫސާމަނިކު:

    ސުލްހަވެރި ސިޔާސީ ޙަރަކާތައް ޖާގަ ދޭންޖެހެއެވެ، "މޭޔަރު އާދަމްއާޒިމްއަށް" ރޭ މަގުމަތިން ދިންހަމަލާ ކުއްވެރިކުރަމެވެ . ސިޔާސީ ގޮތުން މީހަކު ކުރިއަރަނީ ރައްޔިތުނގެ ތާއީދާ ލޯބި އެމީހަކަށް ލިބޭތީއެވެ. MDP ގެމެމްބަރުންނަށް ،އަނިޔާދީގެން އަޅުގަނޑުމެނގެ ސިޔާސީ ޙަރަކާތެއް ނުހުއްޓުވޭނެވެ. މިޕާޓީގެ މާޒީ އެކަމައް ހެކިވާނެއެވެ.

    އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް:

    މިރޭގެ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމް އަށް މީހަކު ދިން ހަމަލާ އަކީ ވަަރަށް ނާތަހުޒީބު އަމަލެއް. މިފަދަ ފިނޑި އަމަލުތަކަކީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫން. ސަރުކާރުގެ ނާގާބިލުކަމާއި އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓުވައެއް ނުލެވޭނެ.

    އަދާހަމައެޢް: މާލޭ މޭޔަރަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރި ނުކުރާކަމަށް ބުނެ މިނޫހުން ރިޕޯޓް ކުރިތާ އެއްގަޑިއިރު ފަހުން އެ އަމަލު ކުށްވެރިކޮށް ރައީސް އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.

    ]]>
    Sat, 25 Apr 2026 16:53:46 +0500 ނިއުސް ޑެސްކް
    އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީ: އެމްޑީޕީގެ ރައީސް https://heerasnews.com/4102 https://heerasnews.com/4102 އެމްޑީޕީއަކީ ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ރާއްޖެއަށް ގެނެސް، ޕާޓީތައް ހިންގާނެ ގޮތް ކިޔައިދިން ޕާޓީ ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ ކުރިއަށް އޮތް ދާއިރާތަކާއި އެކި މަގާމުތަކުގެ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނަށްް ކާމިޔާބަށް އެދި ވަޑައިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. 

    އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަކީ ޕާޓީގެ މެމްބަރުން އެކަތިގަނޑަކަށްވެ، 2028 ކާމިޔާބުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގެ ފެށުމަކަށް ވާނެކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.

    ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެންގެވުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.

    "އަޅުގަނޑުގެ އެދުމަކީ ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިހާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން" ކަމަށް ވިދާޅުވަމުން އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީކަމަށް ވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. 

    ދާއިރާތަކުގެ ހިންގާ ކޮމެޓީއާއިއެކު އެމްޑީޕީގެ ޗެއަރޕާސަން ހޮވުންވެސް ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި އޮންނާނެއެވެ. ޗެއަރޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމަށް މިހާރުވަނީ އިއުލާނު ކުރައްވާފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ޗެއަރޕާސަން ކަމަށް ވާދަކުރައްވައެވެ. 

    ]]>
    Wed, 22 Apr 2026 02:03:24 +0500 ނިއުސް ޑެސްކް
    ދެއިންތިހާބު އެއްކުރިޔަސް ދެން މުއިއްޒަށް އާނއެކޭ ނުބުނާނެ: ސޯލިހު https://heerasnews.com/4004 https://heerasnews.com/4004

    ރައީސް ސޯލިހު އެ ވިދާޅުވަނީ ތެދެކެވެ. ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް އިތުރަށް މިނިވަން ކުރުމަށް މުއިއްޒު ނޫޅޭށެވެ. އެތަންތަނާ އިތުރަށް ނުބެހި، މިހާރު ހުރި ވަރުގައި އެތަންތަން ބަހައްޓާށެވެ. މުއިއްޒު ތަންތަން މިނިވަން ކުރާގޮތް ރައްޔިތުންނަށް ނިކަން ރަނގަޅަށް އެބަފެނެއެވެ. 

    ރައްޔިތުންގެ މަޖިލިސް މިނިވަން ކުރިކުރީނުން ގާނޫނުއަސާސީއަށް ވެސް ބަދަލު ގެނައުން ބޮޑުގެރި ބޭރަށް ހިންގުމަށް ވެއްޖެއެވެ. މަޖިލީހުގެ މެންބަރުން އަމިއްލައަށް އަނގަތަޅުލާ އަތްފައިގާ ޗޭނުޖަހާ މުއިއްޒު އަތަށް ޗޭނުގަޑުގެ ކޮޚު އެތިބީ ދީގެންނެވެ. މުއިއްޒު ދަމާ ވައްޓާލަން ބޭނުން މީހަކު ބޭނުން އިރަކު އަނގަވަތަށް ވައްޓާލެވޭ ގޮތަށެވެ. 

    ފަނޑިޔާރުގެ މިނިވަން ކުރުންވެސް އޮތީ މާވަޑިޔާގެ ވަކަރުގަނޑުގެ އުސޫލަށް ފެތިނިމިފައެވެ. މުއިއްޒު ބޭނުން ނުވާ ގޮތަކަށް ހުކުމެއް ނުނެރެވޭ ވަރަށް ފަނޑިޔާރުން ތިބީ ބަނދެލާފައެވެ. ގާނޫނާއި ޝަރީއަތަކީ މުއިއްޒުގެ ވިދާޅު ބަސްފުޅަށް ވަނީވެފައެވެ. ޖޭއެސްސީ އަކީ މުއިއްޒު ބޭނުންވާ ފަނޑިޔާރުން ގޮނޑިން ހޫރާލުމަށް އޮންނަ ގޮނޑިކޮއްކޮ އެކެވެ. 

    އެންޓި ކޮރަޕްޝަން ކަމިޝަނަކީ މުއިއްޒު ސަރުކާރުގެ ޖަރީމާތައް ފަސްއަޅާ ފޮރުވާދޭ ތަނަކަށް ވަނީ ހަދާފައެވެ. މުއިއްޒު ބޭނުންވާ މީހެއްގެ އަބުރުކަތިލާ ވާދަވެރިން ފަލީހަތްކުރާ ހަތިޔާރަކަށް އެންޓިކޮރަޕްޝަން ކޮމިޝަނަން ވަނީވެފައެވެ.

    އިލެކްޝަން ކަމިޝަނަކީ ވަގުފޯމުތަކުން ޕީއެންސީ ބޮޑުކޮށް ދައުލަތުގެ ފައިސާގެ ފުނިވަރު ޖަހާދީގެން ބާރާއި ނުފޫޒުން އިންތިހާބުތައް ކާމިޔާބު ކުރުން ހަލާލުކޮށްދޭން އޮތްތަނަކަށް ވެއްޖެއެވެ. މުއިއްޒުގެ ހުދުމުހުތާރު ވެރިކަމުގައި ޑިމޮކްރަސީގެ ކުލަ ޖައްސާ ހިންގާ ޖަރީމާތައް ގިރިޓީކޮށްދޭ ތިލޭރުގެއަކަށް އިލެކްޝަންސް ކޮމިޝަން އޮތީވެފައެވެ.

    ރައީސް ސޯލިހު ވިދާޅުވާހެން 2028 ގައި ރައްޔިތުން ގޮތް ނިންމަންދެން ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތަކާ މުއިއްޒު އިތުރަށް ނުކުޅެ އޮތް ވަރަށް ބާއްވާށެވެ. މުއިއްޒުގެ ވެރިކަމަށް 2028ގައި ރައްޔިތުން ނޫނެކޭ ބުނާއިރު އަނެއްކާ ރައްޔިތުންނަށް ޖެހޭނީ މުއިއްޒު ހާވާހާ ހަޑި އަނެއްކާވެސް ސާފުކުރާށެވެ. ރައީސް ސޯލިހު ވިދާޅުވާހެން ހުރިހާ އިންތިހާބު އެއްކުރިޔަސް ރައްޔިތުން ތިބިއްޔަކީ 2028ގައި މުއިއްޒަށް އާއެކޭ ބުނާ ގޮތަކަށް ނޫނެވެ.

    ]]>
    Thu, 26 Mar 2026 17:04:24 +0500 ނިއުސް ޑެސްކް
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 4 https://heerasnews.com/3883 https://heerasnews.com/3883 ދުވަހުގެ ދުއާ:

    رَبَّنَا أَفْرِغْ عَلَيْنَا صَبْراً وَتَوَفَّنَا مُسْلِمِينَ (الأعراف126)

    އަޅަމެންގެ ރައްބު! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި މުސްލިމުން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!

    ދުވަހުގެ ނަސޭހަތް:    

    މީސްތަކުންނަށް ފައިދާކުރާނެ ޢިލްމް އުނގެނުމަކީ ސަވާބު ދެއްވަވާނެ ހެޔޮ އަމަލެކެވެ. ގުރްއާނާއި ގުރްއާނުގެ އިލްމާއި އަދި ދީނުގެ އިލްމް އުނގެނުނު ނަމަވެސް އެކަންގަބޫލު ކުރައްވަވައި ސަވާބު ދެއްވެވުން ވަނީ އެކަން ކުރި ނިޔަތުގެ މައްޗަށެވެ.  

    ގުރްއާން ނުވަތަ ދީނުގެ އިލްމް އުނގެނުނީ އެކަމުން ދުނިޔަވީ މަންފާއެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށްވާނަމަ އެއީ ކުރި ހެޔޮކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރައްވަވާނެއެވެ. ގުރްއާނާއި ދީނުގެ އިލްމް އުނގެނުން އޮތީވެސް ގުރްއާނަށާއި ދީނަށް ހިދުމަތް ކުރުމަށެވެ. އިލްމް އުނގެނުމަށްފަހު އެކަމުން ތިމާއަށް ދިރިއުޅެލެވޭނެ ވަރުގެ އާމްދަނީއެއް ހޯދުން ދީން މަނައެއް ނުކުރެއެވެ. އެއީ ހުއްދަކަމެކެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    މީހެއްގެ އޮފު ކަނޑުވާލުމަކީ ތިމާގެ އޮފު އަރާނެ ކަމެއް ނޫނެވެ. 

    ދުވަހުގެ ނަމާދު ވަގުތު: މާލެ ސިޓީ

    * އިރުއެރީ: 06:18

    ފަތިސް:   05:06

    މެންދުރު:   12:24

    އަސުރު:   15:39

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Sat, 21 Feb 2026 14:09:38 +0500 ނިއުސް ޑެސްކް
    މާލޭގެ ހިދުމަތުގައި އާޒިމް ޓަކިނުޖަހާނެ ދޮރެއް ނުހުންނާނެ! https://heerasnews.com/2603 https://heerasnews.com/2603 ރައްކާތެރި އަމާން މާލެއެއް ހޯދާދެއްވުމަށް މަސައްކަތް ކުރެއްވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރެޔާދުވާލު ހުއްޓި ނުހުންނަވައެވެ. މައްސަލަތަކުން ފުނިޖެހިފައިވާ މާލެސިޓީ ދިރިއުޅުމަށް ފަސޭހަ ރައްކާތެރި ތަނަކަށް ހެއްދެވުމުގެ ހައްލުތައް އާޒިމަށް ފެނިވަޑައި ގަންނަވައެވެ. 

    މާލެ ސިޓީ ކައުންސިލްގައި ރެޔާދުވާލު ކުރިޔަސް ހުއްޓާނުލާ ކުރައްވާނެ ކަންކަން އާޒިމަށް ފެނިވަޑައި ގަންނަވައެވެ. ސަރުކާރުގެ މުއައްސަސާތަކުގެ އެއްބާރުލުން ހޯއްދަވައިގެން މާލެއަކީ އުޅެން ފަސޭހަ ނަމޫނާ ސިޓީއަކަށް ހެއްދެވުމަށް ކުރައްވަން ޖެހޭ އެއްވެސް ކަމެއް ދޫކޮށް ނުލައްވާ ކުރެއްވުމަކީ އާޒިމުގެ އަމާޒެވެ. 

    ރައްޔިތުންނަށް ހިދުމަތް ދެއްވުމުގައި ގަބޫލުކުރައްވާ ސިޔާސީ ފިކުރަކުން ހިދުމަތެއް ތަފާތު ކުރެއްވުމެއް ބާކީކުރެއްވުމެއް ލަސްކޮށް ފަސްކުރެއްވުމަކީ އާދަމް އާޒިމުގެ ކިބައިން ފެންނަކަމެއް ނޫނެވެ. އާޒިމު ގަބޫލުކުރައްވާ ގޮތުގައި މަލޭ ރައްޔިތުން އާޒިމްއާ މަތިކުރައްވާފައިވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. އެހެން ކަމުން އާޒިމު އެންމެ އިސްކަން ދެއްވަނީ ހިދުމަތް ކުރެއްވުމަށެވެ. 

    ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކާ ބައްދަލު ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ މީހަކާ ޖެހެލުމެއް ނެތި ބައްދަލު ކުރައްވައެވެ. ސިޔާސީ ފިކުރު ތަފާތުވުމަކުން ޖައްސަވަން ޖެހިވަޑަިގަންނަވާ ދޮރެއްގައި ޓަކި ނުޖައްސަވައެއް ނުހުންނަވައެވެ. ހުސްވި ހަފުތާގެ ތެރޭގައިވެސް އެކިއެކި މުއައްސަސާތަކުގެ އެކިފެންވަރުގެ ވެރިންނާ ބައްދަލުކުރައްވާ މާލެ ސިޓީގެ ހެވާ ލާބަޔަށް މޭޔަރ ހުއްޓި ނުުހުންނަވާ މަސައްކަތް ކުރެއްވިއެވެ.

    ދާހިލީ ވުޒާރާގެ އިސްބޭފުޅުންނާއި އެންއައިއީގެ ބޭފުޅުންގެ އިތުރަށް ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވާ ކާމިޔާބު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވިއެވެ. ރާއްޖޭން ބޭރަށް ވަޑައިގެން މޭޔަރުންގެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ރާއްޖެއާއި މާލެސިޓީ ތަމްސީލް ކުރެއްވިއެވެ. 

    މޭޔަރު އާދަމް އާޒިމުގެ މޭޔަރުކަމުގެ ދައުރަކީ މާލެސިޓީގެ މުނިސިޕަލްކަންކަމާއި ދުއްވާ އެއްޗެތީގެ ތޮއްޖެހުމަށް ހައްލު ގެނެވި ނަލަ ފަހި މާލެއަކަށް އަލިވިލޭނެ ދައުރަކަށް ވެެގެން ދާނެއެވެ.  

    ]]>
    Thu, 11 Jul 2024 16:36:45 +0500 ނިއުސް ޑެސްކް
    އިޒްރޭލުގެ ބްލެކްލިސްޓުން ރާއްޖެއަށް މުއިއްޒު ޖާގަހޯދައިފި https://heerasnews.com/2602 https://heerasnews.com/2602 ރައްޔިތުންގެ ޕްރެޝަރާ ހުރެ ރައްޔިތުންގެ މަޖިލީހުން އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް ރައީސް މުއިއްޒަށް ދެންނެވިތާ 7 މަސްވަނީއެވެ. ގާނޫނީ ހުރަސްތަކެއް ހުރި ކަމުގެ ބަހަނާގައި އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ނުހުއްޓުވާން ސަރުކާރުން ލައްކަ މަސައްކަތް ކުރިއެވެ. ރައްޔިތުންގެ ޕްރެޝަރަށް ކެތްނުވެގެން އެންމެފަހުން ސަރުކާރުން ހިތުން ބޮލުގެ އެއްޗެއް ހެދީއެވެ. ހެދި ބޮލުގެ އެތި ގޮވީ އަތަށެވެ. 

    ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބައްވާ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމާގުޅޭ ކަންކަން ކުރަން ވަޒީރުންގެ ކޮމެޓީއެއް ހެދިއެވެ. ވަޒީރުންގެ މަޖިލީހުގެ އެ ޖަލްސާއަށް ފަހު ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމަތު ދިނީ ރާއްޖޭން އިޒްރޭލު ޕާސްޕޯޓް ބޭންކުރަން ނިންމިކަމަށެވެ.

    ދެނަކާ ދެނެއްނެތެވެ. މުޅި ދުނިޔޭގައި މީޑިއާގެ ފަލަސުރުހީއަށް ރާއްޖޭން އިޒްރޭލް ޕާސްޕޯޓް ބޭންކުރިކަމަށް އަޑުފެތުރި ނިމިއްޖެއެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރާކަން ރައްޔިތުންނަށް އެނގެއެވެ. މުޅި ދުނިޔެއަށް އޮތީ ރާއްޖޭން އިޒްރޭލް ޕާސްޕޯޓް ބޭން ކުރިކަމަށް އަޑުއަރުވާފައެވެ. ގެރި ވެވަށް ވެއްޓި ނިމުނީއެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ނުކޮށް ބޭންކުރި ނަން އެޅި އަވަދިވީއެވެ. 

    ދިވެހިރާއްޖެއިން އިޒްރޭލް ޕާސްޕޯޓް މަނާކުރި ކަމުގެ އަޑު މުޅި ދުނިޔެއަށް އަރުވާ އިންތިހާ ދަރަޖައިގެ މުނާފިގުކަން ދެއްކިއިރު ކަމުގެ ނާޒުކުކަން ކުޑަކޮށްވެސް ވަޒަން ކޮށެއްނުލައެވެ. ހަގީގަތް ފޮރުވައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ހަދައިފިއެވެ.  

    އިޒްރޭލް މަނާކުރަން އުޅޭގޮތް ރައްޔިތުންނަށް ދެއްކުމުގެ ގޮތުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ސަރުކާރުގެ ސްޕަރމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް އެއޮތީ ފޮނުވާފައެވެ. ރައްޔިތުން އިންތިހާ ދަރަޖައަށް ބޭނުންވެގެން އުޅޭތީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށްޓަކާ އެ މައްސަލަ މަޖިލީހަށް ހުށަހެޅިތާ މަހަކަށްވުރެ ގިނަވީއެވެ. ކުރަން އުޅޭ ކަމެއްނަމަ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލު އޮތް މަޖިލީހަކުން އެކަން ނުކޮށް 24 ގަޑިއިރުވެސް ނުބޭއްވީހެވެ. ނުނިންމާ ލަސްކޮށް ފަސްކުރަނީ ކުރަން ބޭނުން ނެތިގެންނެވެ. ކުރަން ބޭނުންވިޔަސް ކުރެވެން ނެތިގެންނެވެ. 

    އިޒްރޭލް ޕާސްޕޯޓް ބޭން ނުކޮށް އޮތުމުން ވާނެ މޮޅެއް މިހާރަކު ނެތެވެ. މުޅި ދުނިޔޭގެ މާލީ ނިޒާމާއި އިގްތިސޯދު ކޮންޓްރޯލު ކުރަނީ ޔަހޫދީންނެވެ. ޔަހޫދީންގެ ނުފޫޒުނެތް ވިޔާފާރިއެއް ސިނާއަތެއް ދުނިޔޭގައި މަދެވެ. މުޅި ޔޫރަޕާއި އެމެރިކާއާއި އިންޑިއާ އާއި މުޅި އަރަބި ދުނިޔޭގެ މައްޗަށް ޔަހޫންދީންގެ ބާރާއި ނުފޫޒު އޮތްވަރު ނޭނގޭ ކުޑަ ކުއްޖަކުވެސް މަދުވާނެއެވެ. އިޒްރޭލުގެ ބްލެކްލިސްޓުގެ ލައްކަ މަތިން މުއިއްޒު ރާއްޖެއަށް ޖާގަ ހޯދައިދީފިއެވެ.   

    ރަނާއި ރިއްސާއި ތެލާއި ޖަވާހިރާއި ގޭހާއި ފައިސާއާއި މީހުން އޮތް ބިޔަ ބޮޑެތި އިސްލާމީ ގައުމުތަކަށް ކުރަން ނުކެރިގެން އުޅޭއިރު އަތެއްފައެއް ނުހެލޭ ދަރަނިން ބޯހިކެންނެތް ދިވެހިރާއްޖެއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ކަންދައްކަންވެސް ހުސްއަތާ އަލިފާނުގައި ހިފީމާ އަތްފިހުން ނޫންކަމެއް ނުވާނެއެވެ.

    އިޒްރޭލް ޕާސްޕޯޓް މަނާކުރިކަމަށް މުޅި ދުނިޔެއަށް އަޑުއަރުވާފައި ނިކުމެ ބައިހަދާފައި ގޮސް އެމެރިކާއާއެކު އިގްތިސާދީ އެހީތެރިކަން ހޯދާ ވާހަކަ ދެއްކުމަކީ ރުނބާ މުށިން ބާލަން އުޅުން ކަހަލަ ކަމެކެވެ. މުނާފިގުކަން ނުދައްކާ ރައްޔިތުންނަށް ކަންކަން ސާފުކޮށްދީގެން ހަގީގަތާ ކުރިމަތިލާން ގަންނަނީ ހާދަހާ ބިރެކެވެ.     

    ]]>
    Thu, 11 Jul 2024 10:43:11 +0500 ނިއުސް ޑެސްކް
    އާދަޔާ ހިލާފު ތަފާތު މީހަކަށް ނޫނީ ކައިރިނުވެވޭ ގޮނޑި! https://heerasnews.com/2600 https://heerasnews.com/2600 ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މެންބަރުން އިންތިހާބު ކުރަނީ ގޮނޑި ހޫނުކުރާކަށް ނޫނެވެ. ސަރުކާރުން ނުވަތަ ނިސްބަތްވާ ޕާޓީން ބުނާހާ ގޮތަކަށް ދާއިރާ ތަމްސީލުކުރާކަށް ނޫނެވެ. ދައިރާ މެންބަރުގެ މަސައްކަތުން ދާއިރާއާއި މުޅި ރާއްޖެއަށް ހެވާއި ލާބަ ހޯދާށެވެ. މަޖިލީހާއި މަޖިލީހުގެ ބޭރުގައި މެންބަރުގެ އުޅުމާ ގުޅުންތައް ހުންނަ ގޮތުން ދާއިރާގެ ރައްޔިތުން ފަހުރުވެރިވާ ފަދަ މެންބަރަކަށް ވުމަކީ ރައްޔިތުން ކުރާ އުންމީދެކެވެ.     

    ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ ގޮނޑިތަކަށް ބަލާއިރު ކެންދޫ ދާއިރާގެ ގޮނޑިއަކީ ސަމާސާ ގޮނޑިއެއް ނޫނެވެ. އެ ގޮނޑިއަކީ ކޮންމެ ކޮންމެ މީހަކަށް އިނދެވޭނެ ގޮނޑިއެއްވެސް ނޫނެވެ. އާދަޔާ ހިލާފު ތަފާތު ޝަހުސިއްޔަތަކަށް ނޫނީ އެ ގޮނޑިއާ ކައިރިއެއް ނުވެވެއެވެ. ކެންދޫ ދާއިރާ ގޮނޑިއަކީ އިދާރީ ދާއިރާތައް ބެހި ދާއިރާ މެންބަރުން ހޮވަން ފެށިފަހުން ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފިސާރި ނަންހިނގާ ގޮނޑިއެކެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. 

    ކެންދޫ ދާއިރާއަށް ނިސްބަތްވާ ފުރަތަ މެންބަރު ވެގެން ގޮސްފައިވަނީ އޭރު ރާއްޖޭގެ ސިޔާސީ ނާރެހުގައި އެންމެ ނުފޫޒުގަދަ އެއް ލީޑަރ ތަމްސީލު ކުރިގޮނޑިއަށެވެ. އައު ގާނޫނު އަސީސީގެ ދަށުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރާ ވާދަވެރި އިދިކޮޅު ޑީއާރުޕީގެ ލީޑަރަކީ ކެންދޫ ދާއިރާގެ އޭރުގެ މެންބަރެވެ. ހަމައެހެންމެ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީވެސް ކެންދޫ ދާއިރާގެ މެންބަރެވެ. ރައީސް މައުމޫނާއި ރައީސް ވަހީދުގެ ރަނިންގ މޭޓަކީވެސް ކެންދޫ ދައިރާގެ މެންބަރެވެ. އެ ހުރިހާ ހައިސިއްޔަތެއް ލިބިގެން ކެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވީ މަޝްހޫރު އަހުމަދު ތަސްމީނު އަލީއެވެ.

    ތަސްމީނު އަލީއަށް ފަހު ޖެހިޖެހިގެން ދެދައުރު ކެންދޫ ދާއިރާ ތަމްސީލުކޮށް ދެއްވީ ވަކީން ސަހަލު ބޭފުޅެއް ނޫނެވެ. ކެންދޫއަށް އުފަން މަޝްހޫރު ގާނޫނީ ވަކީލެކެވެ. މުޅި ރާއްޖޭގެ ރައްޔިތުންގެ އިތުބާރާ ލޯބި ލިބި ވަޑައިގެން ރައީސް ސޯލިހުގެ ރަނިންގމޭޓަކަށް ވުމުގެ ފުރުސަތު އެންމެ ވޯޓަކުން ގެއްލި ވަޑައިގެންނެވި ތަޖުރިބާ ކާރެކެވެ. މޫނަކަށް ކަނދުރާއަކަށް ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބެލުމެއްނެތި ހައްގު ބަސް ބުނުމުގައި ދެމިހުންނެވި ބޭފުޅެކެވެ. މަޖިލީހުގައި އެންމެ ފަހު ބަހަކަށްވެސް ރާއްޖޭގައި ނެތް އެއްޗަކީ އިންސާފުކަމަށް ވިދާޅު ދެދައުރު ނިންމާލެއްވި އޮނަރަބަލް އަލީ ހުސައިނެވެ. 

    ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފާހަގަކޮށްލެވޭ ވަރުގަދަ ދެ ފަހުލަވާނުންނަށް ފަހުވެސް ކެންދޫ ދާއިރާގެ ގޮނޑީގެ ފަންވަރު އެބަފެނެއެވެ. ސަރުކާރުގެ ގޮނޑިކޮއްކޮ 80އަށް ވުރެ ގިނަ މެންބަރުންނާ ދެކޮޅަށް ކެންދޫ ދައިރާގެ އަޑު ކަނޑައިގެން ނުދެއެވެ. ކެންދޫ ދާއިރާގެ ގޮނޑި މިހާރު ތަމްސީލް އެކުރަނީ މަސައްކަތް ތެރިންގެ ހައްގުގައި މަސައްކަތް ކުރުމުގައި ރާއްޖޭގައި ދެވަނައެއް ނެތް ޝަހުސިއްޔަތެވެ. މަސައްކަތްތެރިންގެ ހައްގުގައި ޖެހެލުމެއްނެތި ކުރަމުންދާ މަސައްކަތާހެދި ރާއްޖޭގެ ބޮޑެތި މަހުޖަނުން އެންމެ ޖެހެލުންވާ ޝަހުސިއްޔަތެވެ. ކޮންމެ މަސްވެރިއަކާއި ކޮންމެ ދަނޑުވެރިއަކު އެންމެ ފަރިތަ މޫނެވެ. ކޮންމެ ރިސޯޓް މުއައްޒިފެއްގެ އުންމީދެވެ. ކޮންމެ ޓީޗަރަކާއި ޑޮކްޓަރެއްގެ އެކުވެރިޔާއެވެ. ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ރޫހެވެ. އޮނަރަބަލް މައުރޫފް ޒާކިރެވެ.      

    ]]>
    Wed, 10 Jul 2024 11:43:37 +0500 ނިއުސް ޑެސްކް
    އިވެންޓްމެނޭޖު ކުރަން ދައުލަތް ދަވާލިޔަސް ސްކޭމަކަށްނުވޭ! https://heerasnews.com/2599 https://heerasnews.com/2599 ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލު ކުރަން ދައުލަތުން ހަރަދު ކުރުމަކީ ސްކޭމެއް ކަމަށް ސިފަކުރާނީ ހާދަހާ ބޮޑު ޖާހިލެކެވެ. ގޮތެއް ފޮތެއްނެތް އަންޕަޅު ގަމާރެކެވެ. ރައްޔިތުންގެ ވަކީލުންނަށް ވެގެން މަޖިލީހަށް ވަދެ ރާއްޖޭގައި މަތީ ތައުލީމު ފެތުރުމާ ދެކޮޅަށް ވާހަކަ ދައްކާނީ ހާދަހާ ގޮތްކުޑަ އިންސާނެކެވެ. 

    ރާއްޖޭގައި ތައުލީމީ ގަބިލު ދަރިންތަކެއް އުފެދުމަކީ ހަލާލެއް ހަރާމެއް ނުބަލާ ޖެހުނު ގޮތަކަށް ފައިސާ ހޯދާ މީހުން ބޭނުންވާނެ ކަމެއް ނޫނެވެ. ތަންދޮރު ދަންނަ އިލްމީ ޖީލެއް އުފެދިއްޖެނަމަ ދައުލަތުން ފޭރިކާ މީހުންނަށް އެފުރުސަތު ގެއްލިދާނެތީ އެ މީހުން ބިރުގަންނާނެއެވެ. ތައުލީމަށްޓަކާ ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީ އިސްރާފެއް ކަމަށް ދެކޭނެއެވެ. 

    ބާރަށު ދާއިރާގެ މެންބަރު ޝުޖާއަށް ވެސް ވެގެން އެއުޅެނީ އެހެންނެވެ. ހައްގު ގޮތުގައި ތައުލީމު ފެތުރުމަށް ދައުލަތުން ހޭދަކުރުން ސްކޭމެއްގެ ސިފައިގާ ފެންނަނީ އެހެން ވެގެންނެވެ. ހަތަރު ފަސް އަހަރުވަންދެން ތައުލީމަށްޓަކާ އެތައްހާސް ދަރިވަރުންނަށް ހޭދަކުރި މިންވަރު ހިސާބުކޮށްލުމުން ފެންނަ އަދަދު ބޮޑުވެގެން ޝުޖާމެންގެ މޭކަރަނީ އެހެން ވެގެންނެވެ. ވެރިކަމަކުން ގައުމަށްޓަކާ ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ތައުލީމީ ދަރިންތަކެއް ބިނާކުރަން ކުރެވެ ހޭދަކަން ނޭނގޭވަރުގެ ގަމާރުން އިއްޒަތްތެރި މެންބަރުންނޭ ކިޔައިގެން މަތިހަށި ނަގާފައި ނޫޅޭށެވެ. 

    މައި ބަނޑުން ވިހޭއްސުރެ ކޭހާކެއުމާއި ބުއިހާ ބުއިމަށް ހަރަދުކުރި ފައިސާ ޝުޖާ ނިކަން ހިސާބުކޮށްލަ ބަލާށެވެ. ފިއްކަނޑައިގެން ދާނެއެވެ. އެހެން ވީއިރު 4 އަހަރު ދުވަހުން 20410 ދަރިވަރުންނަށް 537.8 މިލިޔަން ރުފިޔާ ދައުލަތުން ހަރަދުކޮށްގެން ޝުޖާގެ ދެފައިކައިރި ނުވެގެން ތިޔައުޅެނީ އެފައިސާ އިން ހަތަރު އަނާއެއްވެސް ނުލިބުނީމާކަން އެނގެއެވެ. އިވެންޓް މެނޭޖުކުރަން ކުންފުންޏެއް ހަދައިގެން އުޅުމުގެ ބަދަލުގައި ކޮލެޖެއް ހަދައިގެން އުޅުނު ނަމަ އޭގެން ކަންފުޅެއްވެސް ވީސްނޫން ހެއްޔެވެ. 

    ގަމަރީވެސް ވަކިވަރަކަށް ނޫނެވެ. ތިޔަ ބުނާ  537.8 މިލިޔަން ރުފިޔާގެ ތެރެއިން 157.3 މިލިޔަން ވަނީ ސަރުކާރުގެ ދެ ޔުނިވަރސިޓީއަށެވެ. އެމްއެންޔޫއަށް 138.8 މިލިޔަން ރުފިޔާއެވެ. އިސްލާމިކް ޔުނިވަރސިޓީއަށް 18.5 މިލިޔަނެވެ. ބާކީ އަމިއްލަ ކޮލެޖުތަކަށެވެ. 

    ރާއްޖޭގައި މަތީ ތައުލީމް ހޯދާ ދަރިވަރުންނާއި އެ ދަރިވަރުން ތައުލީމު ހާސިލްކުރާ ތަންތަނާ ޖެހިގަންނައިރު ކުރެވޭ ކަމުގެ ހައްސާސްކަން ޝުޖާއަށް އެބަ އެނގޭ ހެއްޔެވެ. ތައުލީމުގެ މުހިންމުކަމާ ބޭނުން އެނގޭނީވެސް އެދުރު ގެއެއްގެ ދޮރުމަތިންވެސް ދިޔަނަމަތާއެވެ. 

    ދައުލަތުން ތައުލީމަށް ހޭދަކުރުމަކީ ސްކޭމެކޭ ޝުޖާ ބުނާއިރު އިވެންޓް މެނޭޖުކުރުމުގެ ނަމުގައި ދައުލަތުން އެތައް މިލިޔަން ރުފިޔާ ދަވާލަމުން ދާކަށް ނޭނގޭ ކުދަކުއްޖަކުވެސް ނެތޭ ރަށުތެރޭގައި ކިޔާއުޅެއެވެ. މިސާލެއްގެ ގޮތުން މުއިއްޒު ވެރިކަމަށް ހުވާކުރި ރަސްމިއްޔާތަށް އެކަނި ބަލާލިޔަސް ސްކޭމް ހިންގައިގެން ފައިސާ ހޯދަނީ ކާކު ކިހިނެތްކަން އެނގޭނެއެވެ. ހަލާލެއް ހަރާމެއް ނުބަލާ ތިމާއަށް ދަވާލެވުނު ގޮތަކަށް ދަވާލަމުން ސްކޭމޭ ކިޔާކަށް ތާހިރެއް ނޫނެވެ.  

    ]]>
    Wed, 10 Jul 2024 10:07:12 +0500 ނިއުސް ޑެސްކް
    ގައުމުގާ ފައިސާ ނެތީއެއްނޫން & މުއިއްޒުގައި އިހުލާސްތެރިކަންނެތީ https://heerasnews.com/2598 https://heerasnews.com/2598 އަޑުއިވޭ ވާހަކަތަކަށް ބަލާއިރު، މަލީގޮތުން މުހިންމު ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ރާއްޖެއަށް ލަންކާއަށް ކުރިމަތިވި ހާލަތު ޖެހުން މާދުރެއްނޫނެވެ. ރައީސް ޑރ. މުއިއްޒު "ދިވެހީންގެ ރާއްޖެ" ގެ ނަމުން ނަން ދީފައިވާ ގައުމު ބަނގުރޫޓުވުމުގެ މަލަމަތި ފެންނަން ފަށައިފިކަށް އެބޭފުޅުން އެބަ ވިދާޅުވެއެވެ. ގައުމުގެ ފޮރިން ރިޒާވް ދަށްވެ، ދަރަނި އަދާކުރުން ނިހާޔަތައް ދަތިއިރު އަދިވެސް ރައީސްގެ ހައްލުތައް ހީވަނީ އަޑިއަށްދާ ބޯޓު ސަލާމަތް ކުރުމަށްވުރެ ސިޔާސީ ގޮތުން ޖަހަންއުޅޭ ޗައްކަރެއްހެނެވެ. ނޫނީ ދެބޯގެރި ދުއްވުމެއްހެނެވެ.

    ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ކުޑަކުރުމަށް ރައީސް މުއިއްޒު ނިންމެވުމާއި ގުޅިގެން، ރައްޔިތުންތިބީ، ދެން ކުރާނީ ކޮންކަމެއްތޯ ބަލަބަލައެވެ. ނަމަވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުން މަދެއްނުވިއެވެ. ސަރުކާރުންކުރާ ބޭރުގެ ދަތުރުތައް މަދެއްނުވިއެވެ. ކުފޫ ހަމަ ނުވާ މީހުން އެމްބަސީތަކުގެ މަތީ މަގާމުތަކަށް ލަނީއެވެ. ޕާޓީ ބަދަލުކުރި ކުރީގެ މެންބަރުންނަށް ބޮޑު މުސާރައަކާއެކު ސްޓޭޓް މިނިސްޓަރުކަށް ދެނީއެވެ. ބައެއް ކުންފުނިތަކަށް މީން ދުވަހަކު ނުލާވަރަށް ޑީއެމްޑީން ވަނީ ލާފައެވެ. ބައެއް ކުންފުނިތަކަށްވަނީ 2 ނުވަތި 3 ޑީއެމްޑީން ލާފައެވެ. މިގޮތުން ހައްޖު ކޯޕަރޭޝަނަށް އެއްފަހަރާ 2 ޑީއެމްޑީއިން ވަނީ އައްޔަނުކޮށްފައެވެ.

    މުއިއްޒުވަނީ މަޖިލިސް މެންބަރުންގެ އަދަދު 93 އިން 77 އަށް މަދުކުރަން ވާހަކަފުޅު ދައްކަވާފައެވެ. މިހާރު މަޖްލިސް ސުޕަރ މެޖޯރިޓީ އޮތީ ޕީއެންސީއަށް ލިބިފައެވެ. ބޭނުން އެއްޗެއް ހަދަންވީއެވެ. ކުރަންކުރަން ތިބޭނެ ކަމެއްނެތެވެ.

    އިދިކޮޅު އެމްޑީޕީން ބުނަމުންދަނީ، ސިޔާސީ ގޮތުން އައްޔަންކުރާ މީހުންގެ އަދަދު މިހާރުވެސް 2000 އަށް ވުރެ ގިނަ ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ކުރިން މުއިއްޒު ވައުދުވެވަޑައިގެންނެވި މިންވަރަށްވުރެ މާ ބޮޑު އަދަދެއް ކަމަށެވެ.

    މުއިއްޒު ވިދާޅުވަނީ ގައުމުގައި ފައިސާ ނެތް ވާހަކައެވެ. ނަމަވެސް އަމަލުފުޅު ތަފާތެވެ. ގެންދަވަނީ ގިނަ ހަރަދުތަކެއް ކުރައްވަމުންނެވެ. މުއިއްޒު ބޭނުންފުޅިވަނީ  ކައުންސިލަރުންގެ އަދަދު މަދުކުރުމަށެވެ. އެކަމަކު ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީންގެ އަދަދު މަދުކުރުން މާ ބުއްދިވެރިއެވެ. އެމީހުންނަށް ދޭ މުސާރަ މާބޮޑެވެ. އެއް ސްޓޭޓް މިނިސްޓަރެއްގެ މުސާރައިން އެއް ކައުންސިލަށް މުސާރަ ދެވޭނެއޭ ބުންޏަސް ހެޔޮވާނެއެވެ. ވީމާ ސިޔާސީ މަގާމުތައް މަދުކުރުން މާ އައުލާކަންބޮޑެވެ.

    ފައިސާ ނެތްނަމަ ސަރުކާރުން ރަސްމާލެ ތަރަށްގީ ކުރުމުގެ މަސައްކަތް ނުފަށާނެކަން ހަމަ ކަށަވަރެވެ. އަދި އެބުނާ ދަތި ހާލަތާއި ދިމާވާނަމަ ސިޔާސީ މަގާމްތައް މަދުކޮށްލީހެވެ. އިތުރު ބޭފުޅުން ތަކެއް މަތީ މަގާމުތަކަކަށް ނުލާނެއެވެ. ފައިސާނެތީއެއް ނޫނެވެ. އިހްލާސްތެރިކަންނެތީއެވެ.

    ]]>
    Tue, 09 Jul 2024 12:52:15 +0500 ނިއުސް ޑެސްކް
    ޕީއެންސީ މީހުންނޫން އެންމެންނަކީ އަޅުން ނޫނީ ދުޝްމަނުން! https://heerasnews.com/2597 https://heerasnews.com/2597 ޕީއެންސީއަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބުމުން މައިނޯރިޓީއަށް އިހްތިރާމް ކުރާނެކަމަށް ބުނެ ފޮނިކަނޑާ އުޅުނެވެ. އިދިކޮޅެއް އެއްކޮޅެއް ނުބަލާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޕީއެންސީ މެޖޯރިޓީން އިހުތިރާމް ކުރާނެކަމަށް އަޑުއަރުވާ އުޅުނެވެ. 

    އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ހުސްވި ޖޫން މަހުގެ 3 ވަނަ ދުވަހު މަޖިލީހަށް ބަލައިގަނެ މަޖިލީހުގައި ބަހުސް ކުރިއެވެ. އައްޑޫ ފެނާގުޅޭ ކުއްލި މައްސަލަ ބަލައިގަނެ ބަހުސު ކުރުމަކީ ސުޕަރމެޖޯރިޓީ އޮތް ޕީއެންސީން ތަފާތު ދެއްކުމެއް ކަމަށްބުނެ އަޅިބުރުވިއެވެ. މައިނޯރިޓީއަށް އިހުތިރާމް ކުރުން ކަމަށްވެގެން މުއިއްޒު ސަރުކާރުން މަހުއެއްޗެތިކޮޅު ލިބޭ ނޫސްތައްވެސް ނެގިނެގިފާ ޖެހުނެވެ. ގެރިހަން ލައިގެން އޮތަސް މިނިކާ ވަގަށް މިނިމަސް ނުކައި އޮވެވޭނެ ހެއްޔެވެ. 

    ޕީއެންސީގެ ހަގީގީ ސޫރަ ފެންނާކަށް ގިނަދުވަހެއް ނުވިއެވެ. ހަސަދައިން ފޯވެ ބަދަލު ހިފުމުގެ ރޫހު ކަށީގެ މަދުގައި އަށަގެންފައިވާ ބަޔަކަށް ބާރެއް ލިބުނީމާ ނުވެނުދާނެ ގޮތް އެހުރީ ފެންނަން ފަށާފައެވެ. މައިނޯރިޓީއެއް ރައްޔިތުންގެ އިހުސާސެއް އެ މީހުންނަކަށް މުހިންމެއް ނޫނެއެވެ. އަޅުންގެ އަޅުންނަކީ ސާހިބުން ހެދިހާއެއްޗެއް ހެދިގެން ތިބެންޖެހޭ ބައެކެވެ. އަޅުން ބޭނުންވަނީ ކޮންކަމެއްތޯ ބަލާ އެމީހުންގެ ހިޔާލާ މަޝްވަރާ ހޯދާކަށް ސާހިބުންނަކަށް ނުޖެހޭނެއެވެ. ޕީއެންސީ މީހުންދެކެ ގޮތުގައި އެމީހުންގެ މީހުން ނޫން އެންމެންނަކީ އެމީހުންގެ އަޅުންނެވެ. ނޫނީ ދުޝްމަނުންނެވެ. 

    ޕީއެންސީއަށް ވެރިކަމާއި މަޖިލިސް ދިނުމަކީ އެމީހުން ހަދާނެ އެއްޗެއް ހަދަން ލިބުނު ލައިންސަންސެއް ކަމަށް އެ މީހުން ދެކެއެވެ. ރައްޔިތުންގެ ކަންބޮޑުވުން ތަކަކީ އެ މީހުން މާބޮޑު އިސްކަމެއް ދޭންޖެހޭ ކަންކަން ކަމަކަށް ނުދެކެއެވެ. ކިނދު ނުފިލާއިރު މައިނޯރިޓީއަށް އިހުތިރާމްކޮށް ފޮނު އެރުވިޔަސް ފައިއިނދުނީމާ މިހާރަކު އެފޮނެއް ނާރުވާނެއެވެ.

    ރައްޔިތުންނާ ގުޅުންހުރި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމާއެކު ސައްޕު ޖަހާ ބޭރުކޮށްލައެވެ. 20 ވަނަ މަޖިލިސް ފެށުނު ފަހުން ހުށަހެޅުނު އެންމެ މައްސަލައެއް ފިޔަވާ ސީރިޔަސް ކުއްލި މައްސަލަތައް ތަޅުމުން ނެރެ އެއްލާލަނީ ލަދެއް ހަޔާތެއް ނެތިއެވެ. މިވީ ހަތް މަސްތެރޭގައި ޕީއެންސީ ރައްޔިތުންގެ ގައިގާ ކޮޅުފައިންޖަހާ ބޭރުކޮށްލަފައިވާ ދެތިން މައްސަލައެއް ފާހަގަކޮށްލަމެވެ. 

    • މާލޭ މީހުނަށް ދޫކުރަން ކުރީ ސަރުކާރުން ދޭން ނިންމާފައިވާ ގޯތިތައް ހަވާލުކުރުން ލާޒިމްކޮށް 19 ވަނަ މަޖިލީހުން ފާސްކޮށްފައިވާ ގާނޫން ތަސްދީގު ނުކުރާން ނިންމުން.
    • މަސްވެރިން މިފްކޯއަށް ކިރިމަހަށް އަގުނުދީގެންނާއި ބޮޑުކަންނެލި މަސްވެރިންނަށް ހަމައަގު ނުލިބޭތީ މަސްވެރިން މުޒާހަރާ ކުރަމުންދާތީ މަސްވެރިންގެ ކަންބޮޑުވުން ސަރުކާރާއި މަޖިލީހުގެ ސަމާލުކަމަށް ގެންނަން ހުށަހެޅި ކުއްލި މައްސަލަ.
    • ދައުލަތުގެ ހަރަދުތައް ބޮޑުވެ ދަރަނިވެރިކަން ބޮޑުވެ ބަނގުރޫޓް ވެދާނެކަމުގެ ބިރުއޮތްއިރު މަތިބަރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރު ކުރާތީ މައުލޫމާތު ހާމަކުރަން ގޮވާލި ކުއްލި މައްސަލަ.
    • ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ދިވެހި ދަރިވަރުން މަގުމަތިވުން ހުއްޓުވުމަށް އެކުދިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލި ކުއްލި މައްސަލަ.

    ފާހަގަ މިކޮށްލީ ސަމާސާ ކަންކަމެއް ނޫނެވެ. ސީދާ ރައްޔިތުންގެ ދުވަހީ ދިރިއުޅުމާ ގުޅިފައިވާ ކަންތައްތަކެއްގެ ވާހަކައެވެ. ޕީއެންސީއަށް އެކަންކަންވެސްވީ ސިޔާސީ ޗަރުކޭހަށެވެ. ބޭރުކޮށްލީ ސައްޕުޖަހައެވެ. އަނެއްކޮޅުން ޕީއެންސީން މައިނޯރިޓީއަށް އިހުތިރާމް ކުރާވަރުން މަޖިލިހަށް ކުއްލި މައްސަލަ ނުވެއްދޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަން އެދަނީ ވިސްނަމުންނެވެ. ކޮންފަދަ އަޖައިބެއް ކަހަލަ އިހުތިރާމް ކުރުމެއްހެއްޔެވެ.    

    ]]>
    Tue, 09 Jul 2024 11:51:24 +0500 ނިއުސް ޑެސްކް
    މަސައްލަތައް ނިމޭއިރު ބިޑިއެޅޭނީ މުއިއްޒު އަތުގަ! https://heerasnews.com/2596 https://heerasnews.com/2596 ރައީސް މުއިއްޒު ޕީއެންސީ ހަރުގެ ޖަލްސާގައި ވިދާޅުވި މައްސަލަތައް ބަލާ ދައުލަތަށް އިންސާފު ލިބެންޏާ ކިތަންމެހާވެސް ރަނގަަޅެވެ. ލޮލުން ބޮލުން ތާއީދެވެ. ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ތަފާތު ކުރުމެއްނެތި މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ ހޯއްދަވާ ދެއްވުން ލަސްނުކުރައްވާށެވެ. 

    ރައީސް ތިޔަ ވިދާޅުވަނީ މިދަންނަވާ ކަންތައްތަކުގެ ވާހަކަ ދޮގެއްތޯއެވެ. އެހެން ވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ހަނދާން އައުކޮށްލުމުގެ ގޮތުން ބައެއް ކަންކަން ފާހަގަކޮށް ނުލާންވީ ކަމެއް ނެތްތާއެވެ. އެންމެންމެ އެދިއެދި މި ތިބެނީ ތިޔަ ދުވަހެއް ދެއްކެވުމަށެވެ. ރައީސް ތިޔަ ވިދާޅުވާ ތަހުގީގުތައްކޮށް ނިމޭއިރު ބިޑިއެޅިގެން ހުރަގޭގެ ތޭރިތަކުގެ ފަހަތަށް ދާންޖެހޭ މީހުންގެ ލިސްޓްގެ އެންމެ ކުރިން ޑރ. މުއިއްޒު ޖާގަ ނުހޯއްދަވައިފިއްޔާ ލޮނުލައިގެން ބަތެއް ނުކާނަމެވެ. ހިތްވަރު ހުރިއްޔާ އަވަހަށް ފައްޓަވާށެވެ.

    ރައީސެވެ. ކުރިންވެސް އެމްއެމްޕީއާރުސީއޭ ކިޔައިގެން މައްސަލަތަކެއް ބަލައިފިއެވެ. ދައުލަތަށް ލޯލާރިއެއް ނުލިބި އެކަން ދިޔައީ ކަނިފުށީ ކަލޭގެ ޖެހި ކޮކަޑިއަށް ވެގެންނެވެ. މި ފަހަރު އެމްއެމްޕީއާރުސީ މައްސަލަ ބައްލަވާއިރު އެހެން އެކަން ވިޔަދެއްވައިގެން ނުވާނެއެވެ. މި ފަހަރު ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމުގައި މިދަންނަވާ ކަންކަން އެކުއެކީ ގެންދަވައްޗެވެ. އެހެންނޫނީ ވެގެންދާނީ ގުއިތަފާލުގައި ދަޑިން ތެޅުމަށެވެ. ގުއިތަފާލުގައި ދަނޑިން ތެޅީމާ ވާގޮތް އެނގޭ ނޫންތޯއެވެ.

    • އެމްއެމްޕީއާރުސީގެ ރޫޓްކޯސް ކަމުގައިވާ އެމްޕީއެލްއިން ނެގި 5 މިލިއަން ޑޮލަރާއި 2014 ވަނަ އަހަރު ޕީޕީއެމްއިން މަޖިލިސް ކެންޕެއިނަަށް ކުރި ހަރަދުތަކާއި އެކަމުން ބައިއެޅިގެން ދިޔަގޮތްތައް ނިކަން ރަނގަޅަށް ބައްލަވަންވާނެއެވެ.
    • އެމްއެމްޕީއާރުސީ ސްކޭންޑްލް އާއި ގުޅިގެން އުފެދުނު ހުރިހާ ޖަރީމާތަކާއި އެކަމުގައި ޝާމިލްވި ހުރިހާ އެންމެންގެ މައްސަލަތައް ފިލިން ފިއްޔަށް ނުބަލާ ދޫކޮށްލައިގެން ނުވާނެއެވެ.
    • އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގި ދުވަސްވަރު ފެށި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކުއްލިއަކަށް ފުޅާވަމުން ދިޔަ މުއްސަނދިންގެ ވިޔަފާރި ތަކާއި އެކަމުގައި ޝާމިލްވީ ހުރިހާ އެންމެންނާއި މަންފާ ކުރި ހުރިހާ ފަރާތެއްގެ މައްސަލަތައް ހިންދާލައިގެން ނުވާނެއެވެ.
    • ނޫމަޑި ސްކޭންޑަލްއަކީވެސް ނުބަލާ ފަރުޖެއްސެން އޮތް ކަމެއް ނޫނެވެ. އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ދައުލަތާއި ދެކޮޅަށް ދެއްވި ބަޔާނާއި ޝަރީއަތުގައި ހުއްޓިފައިއޮތް އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒުގެ މައްސަލަ އާއި އެ މައްސަލައަށް ހުއްޓުން އެރިގޮތާއި އެކަމުގައި އޮތް ނުފޫޒުތައް ނިކަން ރަނގަޅަށް ބަލަން ޖެހެއެވެ.
    • ގާނޫނު އަސާސީ އާއި ގާނޫނު ތަކަަށް ބަދަލު ގެނައުމަށް މަޖިލީހުގެ މެންބަރުންނަށް ފޯރުކޮށްދިން އެތެރެއާއި ބޭރުގެ އިނާޔަތްތަކާއި އެކަމުގައި ޝާމިލްވި ހުރިހާ ފަރާތްތަކެއްގެ މައްސަލަތައް އަލިފުން ޔާއަށް ނުބަލައެއް ދައުލަތަށް ގެއްލުނު ގިނަ ފައިސާއެއް ނުފެންނާނެއެވެ.
    • 2013 އިންފެށިގެން އެކޮނޮމިކް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން ދައުލަތަށް ގެންލުންވާ ގޮތަށް ހިންގާފައިވާ ހުރިހާ ޖަރީމާތަކާއި އެކަމުގައި ޝާމިލްވި ނެޓްވޯކްތައް ނުހޯދައެއް ދައުލަތަށް އިންސާފެއް ނުލިބޭނެއެވެ.
    • ޓޫރިޒަމާއި އެނޫން ބޭނުމުގައި ދޫކުރިހާ ރަށްރަށާއި ފިނޮޅުތަކާއި ފަޅުތަކާއި ބިންތަކަށް ލިބެންވާ އެކްއިޒިޝަން ފައިސާތައް ދެއްކިގޮތާއި އެ ފައިސާ ދައުލަތަށް ނުވަދެ ވަނތް ތަންތަނާއި އެކަމުގައި އިހްމާލުވި ފަރާތްތަކާއި ޝާމިލްވި ނެޓްވޯކްތަކާއި ފައިސާތައް ދައުރު ކުރިގޮތާއި މަންފާވި މީހުންގެ ހުރިހާ މައްސަލަތަކެއް ސާފުކޮށް ބަލަންވާނެއެވެ.
    • ނަސަންދުރަ ޕެލަސް ހޮޓަލްގެ ބިން ދޫކޮށްލެވުނު ގޮތާއި އެޕާޓްމަންޓްތައް ގަންނަން ލާރި ދައުރުވި ގޮތްތައްވެސް ނޭނގިއެއް ކަމަކު ނުދާނެއެވެ.
    • ބްރިޖާއި ރިންގްރޯޑާއި ގުޅޭ ކޮރަޕްޝަންތަކާއި ދައުލަތުގެ މަސައްކަތްތަކާ ހަވާލުވެގެން އުޅުނު ބޭރުން ކުންފުނިތަކުން ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ނެގި މަހު މުސާރައާއި ހޯދި ކަޓުތަކާއި އިނާޔަތްތައް ނުބަލައެއް ނުވާނެއެވެ.
    • މާލެސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ ޑރ. މުއިއްޒު ގަތް ކަދުރު ރުއްތަކާއި އެ މުއާމަލާތާ ގުޅުން ހުރި ހުރިހާ ކަމެއް އަކުރުން އަކުރަށް ނުބަލައެއް ނުވާނެއެވެ.
    • މާލެސިޓީ ކައުންސިލަށް ސިޓީ ލިޔަން ކޮންސަލްޓުން ލައިގެން އޭރުގެ މޭޔަރ ދައުލަތުގެ ފައިސާ އިސްރާފްކުރި ގޮތުގެ ތަފްސީލް ނެ\ޭނގިއެއްވެސް ނުވާނެއެވެ.
    • މޭޔަރ މުއިއްޒު އިސްވެހުރެ އާސަހަރާ މިސްކިތް ރިނަވޭޓް ކުރަން ބަޔަކަށްދީ މަސައްކަތުގެ %10 ވެސް ނުނިމެނީސް އަގުގެ %90 ފައިސާ ދީފާ އެމިހުން އަތުން މަސައްކަތް އަތުލާ އެހެން ބަޔަކަށް ބޮޑު އަގުދީގެން މަސައްކަތް ނިންމަން ހަވާލުކުރުމުގައި ހިންގާފައިވާ ޖަރީމާގެ ހަގީގަތް ހޯދާ ޝާމިލްވާ ބަޔަކަށް ފިޔަވަޅު ނާޅައެއްްވެސް ނުވާނެއެވެ.   
    • 2014 އިންފެށިގެން ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިންގެ ނުފޫޒުން ހިންގާފައިވާ ކުދިބޮޑު ޖަރީމާތައް ނުބަލާ ދޫކޮށްލައިގެން އިންސާފެއް ނުހޯދޭނެއެވެ.
    • ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ހިންގާފައިވާ ޖަރީމާތަކާއި ބިޑްތަކާއި އެތަންތާނގެ ފައިސާތައް ދައުރުކުރި ގޮތާއި ސަރުކާރާއި އަމިއްލަ މީހުން ހޯދާފައިވާ ނާޖާއިޒް ފައިދާތަކާއި އެކަމުގައި ޝާމިލްވި ނެޓްވޯކްތައް ނުހޯދައެއް ނުވާނެއެވެ.
    • އެޗްޑީސީގެ ތެރެއިން ގަނެފައިވާ އެޕާޓްމަންޓްތަކާއި ކުއްޔަށް ނަގާފައިވާ ތަންތަނަަށް ފައިސާ ދެއްކި ގޮތްތަކާއި ނުރަނގަޅުކޮށް އެކަމުގައި ޝާމިލްވި ނެޓްވޯކްތަކާއި އެޗްޑީސީގެ ޖަރީމާތައް ރަނގަޅަށް ނުބެލިއެއް ނުވާނެއެވެ. ސީލައިފަކާއި ކޭޕާކަކުން އެކަނި ނިންމާލެވޭކަށް ނެތެވެ.
    ]]>
    Mon, 08 Jul 2024 20:26:03 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ އިސްލާހުތަކުގާ އިހުލާސްތެރިކަމެއް ނެތް: ފައްޔާޒު https://heerasnews.com/2594 https://heerasnews.com/2594 އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއީލު ވިދާޅުވާ ގޮތުގައި ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހެއެވެ. ކައުންސިލްގެ އަދަދު މަދުކުރުމާއި މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހެއެވެ. ދެބޯގެރި ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު ކަމަށް ފައްޔާޒު ދެކި ވަޑައި ގަންނަވައެވެ. 

    މާލިއްޔަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވަމުން އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމާ ވާގޮތް ފައްޔާޒު ސިފަކޮށްދެއްވަނީ ވަރަށް ސާފުކޮށެވެ. މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވެ ވަޑައިގަތުމާއެކުގައެވެ. ފައްޔާޒު ވިދާޅުވާގިތުގައި މުއިއްޒު ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ފެނިވަޑައެއް ނުގަންނަވައެވެ.

    އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވާ ގޮތުގައި ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހެއެވެ. މިކަންކަން ހަމަ ގައިމުވެސް ހުރީ ނުވެކަމަށް ފައްޔާޒު ވިދާޅުވެއެވެ. މިމޭރުމުން ފައްޔާޒު ވާހަކަ ދައްކަވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.  

    އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭކަމަށްވެސް ފައްޔާޒު ދެކިވަޑައިގަންނަވައެވެ. ފައްޔާޒު ސުވާލު ކުރައްވަނީ ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯއެވެ. ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެކުރިން ސިޔާސީ މުވައްޒަފުން ވައުދާއެއްގޮތަށް މަދުކުރޭތޯއެވެ.  މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫންކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެ މައުލޫމާތަކީ މިވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު ކަމަށެވެ. ސިޔާސީ މުއައްޒަފުން ތިބިވަރާއި ސިޔާސީ މުއައްޒަފުން މަދުކުރެވޭ ވަރު ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

    އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ޔަގީންކަން ދެއްވަނީ އެމްޑީޕީ އިން ރައްޔިތުން ބަލއިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އެކަމަކު މާލީ ހާލަތު "ވާނުވާ"ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

    މި ދުވަސްވަރަކީ އިސްލާހުކުރުމުގެ ނަމުގައި ރާއްޖޭގެ މުޅި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މުއިއްޒު ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނަމުން އަންނަ ދުވަސްވަރެކެވެ. ރާއްޖެ ބަނގުރޫޓްގެ މަގަށް ފޮރެޅެމުން ދިޔުމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ހަރަދު ކުޑަކުރުމުގެ ނަމުގައި ހިތިބޭސް ބޯން ދިނުމުގެ މަސައްކަތް މުއިއްޒު ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. 

    ]]>
    Mon, 08 Jul 2024 15:38:35 +0500 ނިއުސް ޑެސްކް
    މުއިއްޒު އުޅެނީ ކައުންސިލްތަކުގެ ދަތްދޮޅި ދުއްވާލަން https://heerasnews.com/2593 https://heerasnews.com/2593 ލާމަރުކަޒީ ނިޒާމުގެ ދަށުން އުފެދިފައި އޮތް ކައުންސިލްތައް ކުޑަކުރުމަކީ ގޯހެއްނޫނެވެ. ގޯސްވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމެވެ. ސަރުކާރުން ކޮށްދިން ކަމެއް ނޫނީ ނުކުރެވޭ ވަރަށް ކައުންސިލްތަކުގެ ބާރުކަނޑުވާލުމެވެ. ރަނގަޅު ހެޔޮ ނިޔަތުގައި ގެނެވޭ ކޮންމެ ހެޔޮ ބަދަލަކަށް މަރުހަބާ ކިޔަމެވެ. 

    ގަބޫލުކުރަން އުދަނގޫ ކަމަކީ ލާމަރުކަޒީ ނިޒާމު އިސްލާހުކުރުމުގައި މުއިއްޒު ސަރުކާރުގެ އިހުލާސްތެރިކަމެވެ. އެއްވެސް ކަމެއްގައި ބަހާ އަމަލު ދިމާ ނުވާތީ ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމުގައިވެސް މުއިއްޒުގެ އިހުލާސްތެރިކަން ހުރުމާމެދު ޝައްކެވެ.     

    ތެދެކެވެ. ރާއްޖޭގެ ކައުންސިލްތައް ނުކަތާ ވަރަށް ބޮޑެވެ. ދައުލަތުން ކުރާ ހޭދަޔާ ގާތަށްވެސް ނަތީޖާއެއް ނުނެރެވެއެވެ. އެއްޔަކީ ހަމައެކަނި ކައުންސިލްތަކަށް ނިސްބަތްވާ ކަމެއް ނޫނެވެ. ސަރުކާރާއި މަޖިލީހާއި ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ ހާލަކީވެސް ހަމަ އެއީއެވެ. ސައިޒްކުޑަކޮށް ހަރަދު ކުޑަކުރަންވީ ހަމައެކަނި ކައުންސިލްތަކުގެއެއް ނޫނެވެ. 

    ކަންބޮޑުވުމަކީ ރައްޔިތުންގެ ބައިވެރިވުން ރަށް ހިންގުމުގައި ކުޑަވެގެން ގޮސް ވަކި ވަޒީރެއްގެ މުށުތެރެއަށް ރަށްރަށް ފެތި ހިމުންވެގެން ދާދިޔުމެވެ. މުއިއްޒު ސަރުކާރުގެ އަމާޒު ހިފާފައި ހުރީ ރަށްރަށުގެ ވަސީލަތްތަކާއި ބިމާއި ގުދުރަތީ މުއްސަނދިކަމަށް ގޮތް ނިންމުމުގެ ބާރު ރައްޔިތުންގެ އަތުން ނިގުޅައިގަނެ ރަށްރަށުގެ އާޖުފާޖު ނޭގޭ ވަޒީރެއްގެ އަތްމައްޗަށް ގެންދިއުމަށެވެ. އެ ވަޒީރު ދިން އެއްޗެއްނޫނީ ރައްޔިތުންނަށް ނުލިބޭ ގޮތަށް ހިންގަން ރާވާ ރޭވުމަކީ ހުރި ބޮޑު ބިރެކެވެ. 

    ރަށެއްގައި އާދައިގެ މުބަރާތެއް ބާއްވަންވިޔަސް އަދި ލިބިހުރި ވަސީލަތެއް ބޭނުން ކޮށްގެން ކަމެއް ކުރަންވިޔަސް ވަޒީރު ހުއްދަ ދިނީމާ ނޫނީ ނުކުރެވޭ ވަރަށް ކައުންސިލްތައް ބަނދެލާ ބަނދެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ލިބިހުރި ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދުމާއި ހޭދަކުރުމަށް ކައުންސިލްތަކަށް އޮތްބާރު ވަޒީރެއްގެ އަތްމައްޗަށް ފޮރޮޅާލުމަކީ ރަށްރަށުގެ ކައުންސިލްތައް ހަތަރެސްފައި ބަނދެފާ މޫދަށްލުން ފަދަ ކަމެކެވެ. 

    މިސްކިތުވަޅު ދާންޏާއި ބައްތި ތެލަކީވެސް މާލެން ވަޒީރު ފޮނުވިމާ ނޫނީ ނުލިބޭ އެއްޗެއް ގޮތުގައި އޮތް ޒަމާނަށް އެނބުރިދާކަށް ރަށްރަށުގެ ރައްޔިތުން ބޭނުމެއް ނުވެއެވެ. އިހުއޮތް އަތޮޅުވެރި ކަމުގެ ނިޒާމަށްވުރެވެސް މަރުކަޒީ ނިޒާމަކަށް ރާއްޖެ ބަދަލުކުރަން މުއިއްޒު ޖަހަންއުޅޭ ސަކަރާތަށް އެއްބާރުލުން ދޭކަށް ގިނަ ރަށްރަށުގެ ރައްޔިތުން ތައްޔާރެއްނޫނެވެ. އަމްދުން އަތޮޅުގެ ހުރިހާ ރަށެއްގެ ބައިވެރިވުން ނެތް އަތޮޅު ކައުންސިލެއް އޮންނާކަށް ރަށްރަށު މީހުން ބޭނުމެއް ނޫނެވެ. 

    ]]>
    Mon, 08 Jul 2024 14:29:32 +0500 ނިއުސް ޑެސްކް
    ލާމަރުކަޒީ ނިޒާމް ނެތިކޮށްލަނީ ހިންގަން ނޭނގިގެން: ޝާހިދު https://heerasnews.com/2592 https://heerasnews.com/2592 ދައުލަތުގެކަންކަން ހިންގަން ނޭގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެންފެށީމާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ އެ މަނިކުފާނު ކުރެއްވި އެކްސްގެ އެކްސްގެ ޕޯސްޓެއްގައެވެ. 

    ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަސް ނުވެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށް އޮނަރަބަލް ޝާހިދު ތުހުމަތު ކުރައްވައެވެ. 

    ލާމަރުކާޒީ ނިޒާމަކީ ގާނޫނު އަސާސީގެ ވަކިބާބެއް އެކަމަށް ކަނޑައެޅިގެން ރައްޔިތުންގެ ބާރު ރައްޔިތުންނަށް ދިނުމަށް ކަނޑައެޅުނު ނިޒާމެކެވެ. އެރަށެއްގެ ކަންކަން އެރަށަކުން ނިންމުމަށް ރައްޔިތުން އިންތިހާބު ކޮށްފައިތިބޭ މީހުންގެ ބާރު ކަނޑުވާލާ އެ މީހުންގެ މައްޗަށް، އައްޔަނުކުރާ ވަޒީރަކު ބާރު ހިންގުމަކީ ރައްޔިތުން ބޭނުންވި ގޮތެއް ނޫނެވެ. ލާމަރުކަޒީ ނިޒާމުގެ ބާރުތައް ހަނިކޮށް މުޅި ނިޒާމް ގަޑުބަޑު ކުރުމަކީ ހުދުމުހުތާރުވެރި ކަމެއްގެ ސިފައެވެ. 

    ސާރކިއުލައާއި އަމުރު ފޮނުވައިގެން ކައުންސިލްތައް ސަރުކާރުގެ މުށުތެރެއަށް ގެނެސް ސަރުކާރުގެ ގޮނޑިކޮއްކޮއަކަށް ކައުންސިލްތައް ހެދުމުގެ ބޭނުމަކީ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްނުދިނުމަށް ކުރާކަމެކެވެ. ސަރުކާރުގެ ތުބުން ވެއްޓޭ ބަތްފުށް ކާންތިބޭ ބަޔަކަށް ރަށްރަށުގެ ރައްޔިތުން ހެދުމަށް ކުރެވޭ މަސައްކަތެކެވެ.

    ރަށްރަށުގައި ރަނގަޅު ފެންވަރަށް ކަރަންޓާއި ފެނުގެ ހިދުމަތް ނުދިނުމަށް ކުރާކަމެކެވެ. މަގުތަކާއި ބަނދަރުތައް ހެދުން ހުއްޓާލުމަށް ރާވާރޭވުމެކެވެ. ދަނޑުތައް އެޅުމާއި ސްކޫލްތައް ބިނާކުރުމާއި ރަށްގިރުން ހުއްޓުވުމަށް ކުރަންފެށިފައިވާ މަސައްކަތްތައް ހުއްޓާލުމަށް ޖެހި މަޅިއެކެވެ. ބަނގުރޫޓް ލޭބަލް އަޅުވައިގެން ހަރަދު ކުޑަކުރުމުގެ ނަމުގައި ރަށްރަށް ތަރައްގީ ކުރުން ހުއްޓާލާ ތޮއްޖައްސާ ލާމަރުކަޒީ ނިޒާމު އުވާލުމަށް ހިންގާ ޖަރީމާއެކެވެ.     

    ]]>
    Mon, 08 Jul 2024 13:09:13 +0500 ނިއުސް ޑެސްކް
    ސަރުކާރުން ފައިސާ ނުފޮނުވާތީ ބޭރުގާތިބި ކިޔަވާކުދިން ހާލުގަޖެހިއްޖެ! https://heerasnews.com/2591 https://heerasnews.com/2591 ފުކެއް ބޮޑުވަރެވެ. ސަރުކާރުގެ އެހީގައި ރާއްޖޭން ބޭރުގައި ކިޔަވަން ކުދިބަޔަކު ފޮނުވާފައި ތިބިކަން ރައީސް މުއިއްޒަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. އެނގޭ ނަމަ އެކުދިންގެ ސެމިސްޓަރފީ އާއި ޓިއުޝަންފީއާއި ދަނާލުފީ ވަކި މުއްދަތަކަށް ގަވައިދުން ދައްކަން ޖެހޭނެކަން އެނގޭނެއެވެ. އެ ފައިސާއަކީ ލިބުނު ދުވަހަކުން ލިބުނު މިންވަރަކަށް ދައްކައިގެން ފަރުޖެއްސެން އޮންނަ އެއްޗެއް ނޫންކަންވެސް އެނގޭނެއެވެ. 

    ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ނުފޮނުވައިގެން ފީތައް ގަވައިދުން ނުދެއްކިގެން ބައެއް ކުދިންނަށް ކިޔެވުން މެދުކަނޑާލަން އެބަޖެހެއެވެ. އެހެން ދިމާވުމުން ކިޔަވާ ނިންމުމަށް ނަގާ މުއްދަތު އިތުރުވެ ހިނގާ ހަރަދު ގުނަގުނައަށް އިތުރުވެގެން އެބަދެއެވެ. ގަވައިދުން ފައިސާ ނުދެއްކެތީ އެތައް ކުދިންނެއް ދަނާލުން ބޭރު އެބަކުރެއެވެ.  

    އަމިއްލަ ގޮތުން ޒިންމާ ނަގައިގެން އެކަމަޑޭޝަނާއި ދިރިއުޅުމުގެ އެހެނިހެން ހަރަދުތައް ހަމަޖެއްސާ ދަރިވަރުންނަށް ޑޮލަރު ނުލިބުމުގެ ދަތިކަމާހުރެ ހާލުގައި ނުޖެހޭ ދިވެހި ދަރިވަރަކު ބޭރު ގައުމުތަކުގައި މަދެވެ. ބޭރު ގައުމުތަކުގައި ކިޔަވަންތިބި ދިވެހި ކުދިންނަށް މިހާލަތު ކުރިމަތި ވެފައިވަނީ އެއް ގައުމެއް ދެ ގައުމަކު ނޫނެވެ. 

    މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ތުރުކީއަށް ކުރި ދަތުރުގައި ހުރިހާ ދިވެހި ކިޔަވާ ކުދިންނަށް ޔަގީން ކަމާއެކު އުންމީދުތައް ދިނެވެ. އޭޓީއެމްއިން ނެގޭ ޑޮލަރުގެ މިންވަރު މައްޗަށް ޖައްސާނެ ކަމަށް ބުންޏެވެ. މުއްދަތު ދިނެވެ. ކުދިންނާ ބެލެނިވެރިން ތިބީ އުފަލުން ފޮޅިފައެވެ. އެއްފަހަރާ ނެގޭނެ ޑޮލަރުގެ މިންވަރު މަތިކޮށް ދިނުމުންނެވެ. 

    ބުނި ތާރީހު ފަހަނައަޅާ އެތައް ދުވަހެއް ވީއިރުވެސް އެކަމެއް ނުވިއެވެ. ލަހެއްނުވެ ފެނިގެން ދިޔައީ އޭޓީއެމުން ލިބޭ ޑޮލަރުގެ މިންވަރު ކުރިއަށްވުރެ އެތައްތަނަކުން މަދުވެގެން ދިޔަތަނެވެ. އެ ދަތިކަމުގައި ދިވެހި ކުދީން އުނދަގޫތައް ތަހައްމަލު ކުރަމުން ދިޔައީ ޝަކުވާއެއްނެތި ކިޔަވާ ނިންމޭތޯއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. މިހާރު ދަތިހާލުގައިވެސް ކިޔެވޭނެ ކަމުގެ ޔަގީންކަން ގެއްލެނީއެވެ. 

    ސަރުކާރުގެ ހަރަދުގައި ކިޔަވަން ގޮސް ތިބި ކުދިންނަށް ކިޔަވާ ނިންމިދާނެ ކަމުގެ ބިރު މިހާރު ހީވެއްޖެއެވެ. ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ދައްކަންޖެހޭ ފައިސާ ގަވައިދުން ސަރުކާރުން ނުދައްކާތީއެވެ. 

    މަތީ ތައުލީމާ ބެހޭ ވުޒާރާ އެކަމުގައި އޮތީ ފޭލިވެފައެވެ. ޑޮލަރު ނުލިބުމުގެ ބަހަނާގައި ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދައްކާ އެތިބީ ވީއިރަކުން ކުރާށެވެ. ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ފައިސާ ނުދައްކާ ތިބެން ސަރުކާރުން ވެސް ބޭނުމެއް ނުވާނެ ނޫންހޭ މަތީ ތައުލީމާ ބެހޭ ވަޒީރު ބުނެލުމުން އެކުދިންނަށް ހާލަތުން އަރައިގަނެވުނު ކަމަކަށް ނުވާނެއެވެ. ބޭރުގައި ތިބި ދިވެހި ކިޔަވާކުދިން ހާލުގައި ޖައްސާ ދައުލަތަށް ލިބޭހާ ފައިސާ ސަރުކާރުގެ އިސްވެރިންގެ ދަރިދަރިކޮޅަށް ބަހާލައިގެން ދަތްދިލުވައިގެން ތިބެވިދާނެ ކަމަށް ހީކުރަނީ ހެއްޔެވެ. ހަމަ ހިލާ އެހެނަކުން ނުތިބެވޭނެއެވެ.

    ]]>
    Sun, 07 Jul 2024 16:17:20 +0500 ނިއުސް ޑެސްކް
    ހައްޖައަށް ކުރެވޭނެ & ކުރާނެ & ކުރުވާނެ! https://heerasnews.com/2590 https://heerasnews.com/2590 ހައްޖަ (ހަދިޖާ މުހައްމަދު) ގެ ޕާޓީއަކީ އެމްޑީޕީއެވެ. ހައްޖަ އެންމެ ފުރަތަމަ ގުޅުނީވެސް އެމްޑީޕީއާއެވެ. އެމްޑީޕީ ދެމިއޮތްހާ ހިނދަކު ހައްޖަ އެހެން ޕާޓީއަކުން ނުފެންނާނެއެވެ. އެއީ އެމްޑީޕީ ހައްޖައެވެ. 

    ތެދެކެވެ. ހައްޖައަކީ ހަގީގީ އެމްޑީޕީ މީހެކެވެ. އެމްޑީޕީއަކީ ރައްޔިތުންގެ ހެވާ ލާބަޔަށް އެންމެ ބޮޑަށް މަސައްކަތްކުރާ ޕާޓީއެވެ. އެމްޑީޕީއާއި ނުލާ ރާއްޖޭގައި ޑިމޮކްރަސީއާއި އިންސާނީ ހައްގަކީ ދެމިއޮންނާނެ އެއްޗެއް ނޫނެވެ. 

    އެމްޑިޕީގެ ސަފުތައް ބަދަހިކޮށް އޮތުމަކީ ހައްޖަ އެންމެ ބޭނުންވާ ކަންތަކެވެ. ހައްޖަ މިއަދު އެ ނިކުންނަނީ އެ މަސައްކަތަށެވެ. މައްޗަންގޯޅި އުތުރު ދައިރާގައި އެމްޑީޕީގެ ސަފުތައް ވަރުގަދައަށް ރުކުރުވާލުމަށެވެ. ބައިބައިވުންތައް ނައްތަލާ އެއްބައިވަންތަކަން އިތުރު ކުރުމަށެވެ.

    ހައްޖަގެ އަޒުމަކީ މައްޗަންގޮޅީ އުތުރު ދައިރާގައި އެމްޑީޕީގެ މެމްބަރޝިޕް އިތުރު ކުރުމެވެ. މައްޗަންގޯޅި އުތުރު އެމްޑީޕީގެ ރަންރީދޫ ކުލައިން ފަވާލުމެވެ. ހައްޖަ ނިކުންނަނީ މައްޗަށްގޯޅި އުތުރަކީ އެމްޑީޕީގެ އަޑުން ގުގުމާ ދާއިރާއަކަށް ހެދުމުގެ ނިޔަތުގައެވެ. އިހުލާސްތެރިކަމާ ތެދުވެރި ކަމާއެކުގައެވެ. ދާއިރާގެ މެންބަރުންގެ އިހުސާސްތައް ދެނެގަނެ ހައްގުތައް ކަށަވަރު ކޮށްދިނުމަށެވެ. 

    ހައްޖަދޭ އެންމެ ބޮޑު ޔަގީންކަމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި އުފުލިގެން ދާނީ މައްޗަންގޯޅި އުތުރުގެ އަޑުކަމެވެ. ގައުމީ މަޖިލީހުގައި މައްޗަންގޯޅި އުތުރުގެ އަޑު އުފުލާ ދިނުމަށް ހައްޖަ ހުރީ ތައްޔާރަށެވެ. ފައްކާ ވެފައެވެ. ދާއިރާގެ އެމްޑީޕީ މެންބަރުން ކޮށްދެއްވަން ވީހާވެސް ކަމަކީ ހައްޖައަށް އެ ފުރުސަތު ހޯދާދެއްވުމެވެ. މައްޗަންގޯޅި އުތުރު ދައިރާގެ ރައީސް ކަމަށް ހައްޖަ ހޮއްވަވާ ދެއްވުމެވެ. ދެން ހުރި ކަންކަން ހައްޖައަށް ދޫކޮށްލައްވާށެވެ. 

    ދާއިރާގެ އަޑު ހައްޖައަށް އިވޭނެއެވެ. އިއްވާނެއެވެ. ހައްޖައަށް ކުރެވޭނެއެވެ. ކުރާނެއެވެ. ކުރުވާނެއެވެ.    

    ]]>
    Sun, 07 Jul 2024 13:24:59 +0500 ނިއުސް ޑެސްކް
    ޝިއުނާ އާއި މަލްސާ އުޅެނީ މުއިއްޒު ބްލެކްމޭލްކޮށްގެން؟! https://heerasnews.com/2589 https://heerasnews.com/2589 ހިނގަމުންދާ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އޭޕްރީލް މަހާއި ދެމެދު ރާއްޖެއަށް އައިސްފައިވަނީ އިންޑިއާގެ 42،638 ފަތުރުވެރިންނެވެ. ހުސްވިއަހަރުގެ އެ މުއްދަތުގައި އިންޑިއާއިން 73،785 ފަތުރުވެރިން ރާއްޖެ އައިސްފައިވއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި:-

    • 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދަކީ 12792 އެވެ.
    • 2024 ފެބްރުއަރީ މަހުގެ ޖުމްލައަކީ 11522 އެވެ.
    • 2023 ވަނަ އަހަރުގެ ޖެނުއަރީ، ފެބްރުއަރީގައި ރާއްޖެއައި އިންޑިއާ ފަތުރުވެރިންގެ އަދަދު މިއަހަރަށްވުރެ 19497 މީހުން އިތުރެވެ.  
    • 2024 މާރޗް މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ އެންމެ 8322 އެވެ.
    • 2023 ވަނަ އަހަރުގެ މާރޗް މަހު ޖުމްލަ 18099 މީހުން ޒިޔާރަތްކުރިއެވެ.

    2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ 17 ލައްކަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. 2023 ވަނަ އަހަރު އިންޑިއާއިން 209198 އަށް ވުރެ ގިނަ ފަތުރުވެރިން އައެވެ. 2022 ވަނަ އަހަރު އިންޑިއާގެ ފަތުރުވެރިންގެ އަދަދު 2.4 ލައްކައަށް ވުރެ ގިނައެވެ. 2021 ވަނަ އަހަރު ރާއްޖެއައި އިންޑިއާ ފަތުރުވެރިންގެ އަދަދު 2.11 ލައްކައަށް ވުރެ މައްޗެވެ.

    ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖެއައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އިންޑިއާއިން ފަތުރުވެރިން އައި އަދަދު ދަށަށް ދިޔައީ އިއްތިފާގަކުން ނޫނެވެ. ދިވެހި ސަރުކާރަށް ނިސްބަތްވާ ބަޔަކު ގަސްދުގައި ކުރި ކަމެއްގެ ސަބަބުންނެވެ.

    ބަޔަކު ގަސްދުގައި ނުވަތަ އިހުމާލުން ކުރާކަމެއްގެ ސަބަބުން އާއްމުވެގެންވާ ގެއްލުމެއް މުޖުތަމައަށް ލިބިއްޖެނަމަ އެބަޔަކަށް ގާނޫނީ ފިޔަވަޅު އަޅާ އަދަބުދޭން ޖެހެއެވެ. ހާއްސަކޮށް ދައުލަތުގެ ކަމަކާ ހަވާލުވެ ހުރި މީހަކު ކުރިކަމަކުން ނުވަތަ ނުކޮށް ދޫކޮށްލިކަމަކުން އެއްވެސް ގެއްލުމެއް ނުވަތަ ތަކުލީފެއް އުފުލަން ދައުލަތަށް ޖެހިއްޖެނަމަ ގާނޫނީ ފިޔަވަޅުއަޅާ ގެއްލުމުގެ ބަދަލު ހޯދުމަކީ ވެރިއާގެ މައްޗަށް ލާޒިމުކަމެކެވެ.   

    މަވެތިކަމުގެ ޖަޒްބާތުގައި ޖެހިގެން ދައުލަތުގެ މުސާރަ ކައިގެން ތިބި ތިން ނައިބަކުވެގެން ގައުމުގެ އިގްތިސޯދު ފުޑާލި ފުޑާލުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ޝިއުނާއާއި މަލްސާއާއި މަހުޒޫމް ދިންވަރުގެ ގެއްލުމެއް ރާއްޖޭގެ ތާރީހުގައިވެސް ބަޔަކު ނުދެއެވެ. ރާއްޖޭގެ މުޅި އިގްތިސޯދަށް ސިދާކޮންނާއި ނުސީދާކޮށް ލިބުނު ގެއްލުން މިއިން ޒަމާނަކު ފުލެއް ނުބެއްދޭނެއެވެ. އިންޑިއާއިން ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ނައުމުން ގައުމަށް ލިބޭ ފައިސާ ބޮޑުތަނުން މަދުވުމުގެ އިތުރަށް ގެއްލުން ފޫބެއްދުމަށް ދައުލަތުން އެތައް ހަރަދެއް ހިންގަން މަޖުބޫރުވި މަޖުބޫރުވުމަކީ ކުޑަކުޑަ ގެއްލުމެއް ނޫނެވެ. 

    އަނެއްކޮޅުން ސަސްޕެންޝަނުގައި ބައިތިއްބައިގެން އެ ތިން މީހުނަށް ދައުލަތު މުސާރައިގެ ގޮތުގައި އެތައް ލައްކައެއް މިހާތަނަށް ހަރަދުކޮށްފިއެވެ. ކޮންމެ ހުއްޖަތެއް ދެއްކިޔަސް އެކަމަކީ ހަލާލުކުރެވޭނެ ކަމެއް ނޫނެވެ. މުޅި ދައުލަތަށް ފަހުގެ ތާރީހުގައި އެންމެ ބޮޑުގެއްލުން ދިނުމުން އިނާމެއްގެ ގޮތުގައި މަސައްކަތް ނުކުރުވާ މުސާރަ ދީފައި ބޭތިއްބުމުގެ ފަހަތުގައި އަޑިނޭގޭ ކަންތައް ތަކެއް އެބައޮތެވެ. ދެ އަންހެނެއްގެ ގައިދަށުވެގެން ރައީސް މުއިއްޒު ހުންނަ ހުރުމާމެދު ސުވާލު އުފެދެއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށާއި ބައިނަލްއަގުވާމީ ގުޅުމަށް އެންމެބޮޑު ގެއްލުމެއް ދިން ޝިއުނާ އާއި މަލްސާ މަގާމުން ވަކިކޮށް ފިޔަވަޅު ނޭޅިގެން މިއުޅެނީ ކޮންފަދަ ބްލެކްމޭލަކުން ރައީސް މުއިއްޒު ބްލެކްމޭލްވެފައި ހުރެގެން ހެއްޔެވެ.     

    ]]>
    Sun, 07 Jul 2024 09:18:38 +0500 ނިއުސް ޑެސްކް
    ގާތްވާން ސިހުރުހެދި ބިސްފީކުރާ ކަމަނާ! https://heerasnews.com/2588 https://heerasnews.com/2588 ރަދުންނަށް ދައުލަތް ހިންގޭނީ ކިހިނެތް ހެއްޔެވެ. އެފަކީރަކު އުޅެނީ ދެތިން އަންހެނުންގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ. ގައުމުގެ ކަމެއް ކޮންމެހެނެއް ދިޔަސް އެ ދެތިން އަންހެނެއްގެ ކިބައިން ރަދުން މިންޖުވާކަށް ނެތެވެ. 

    ސަހަރުވެރި ކަމުގެތެރޭން ތެރޭން އަވަލީ ދެތިން އަންހެނުން ތިބީ ނިކަން ރަނގަޅަށް ރަދުން ބްލެކްމޭލު ކޮށްގެނޭ ބުނާ މީހުން އެބުނަނީ ގައިމު ކަމެއް ވެގެންތާއެވެ. ސިހުރު ހެދިޔަސް ގައުމު އިނދަ ޖައްސާލިޔަސް އެ ދެތިން އަންހެނުންނާ ދެކޮޅަށް ރަދުންނަށް ކުރެވޭނެ ކަމެއް ހަރާމުން ހަރާމެވެ. ފުރަތަމަ މިގެނެސްދެނީ އެއިގެ ތެރެއިން އެއް އަންހެނެއް ވާހަކައެވެ. 

    ބިސްފީކުރާ ކަމަނާއަކީ ރަދުން އެންމެ އިތުބާރުކޮށްގެން އެންމެ އަރިސްކޮށްގެން ވަޒީރުކަން ދީގެން ގެންގުޅުނު ބޮޑު ރައްޓެހި މީހާގެ ދެއަނބިނއ އެއް އަނތްބެވެ. ސަހަރު ވެރިކަމުގައި ރަދުން ހުރި އިރު ހިންގިހާ ޖަރީމާއެއް ހިންގުމުގެ އިސްދައުރެއް ކުޅުނީވެސް ބޮޑު ރައްޓެހި މީހާއާއި އޭނާގެ އަނބި ގޮއްޔަ ބައިވެރިކޮށްގެންނެވެ. ރަދުންގެ ދެފުށުން ދަންނަ ދެމަފިރިންނަކީ ބޮޑު ރައްޓެހި މީހާގެ ދެމަފިރިންނެވެ. ސަހަރުވެރި ކަމުއްސުރެ ރަދުންގެ ދާންމަތިކޮޅުގެ އެއް ބައިވެރިއަކަށް ބޮޑު ރައްޓެހި މީހާގެ އަނބިގޮއްޔަ ވެއެވެ.

    ރަސްކަން ލިބުމުން ގަނޑުވަރު ތެރެއަށް ވައްދައިގެން އަނބި މީހާއަށް ނާންގާ ބިސްފީކުރަން ގެންގުޅުނީ ބޮޑުރައްޓެހި މީހާގެ އަނބިގޮއްޔައެވެ. ގެއަށް ވައްދާއިގެން އުޅެވުނީ ވިހަގަދަ ހަރުފައެއް ކަމަކަށް މަހާރެހެންދި ވެސް ހިޔެއް ނުކުރާނެތާއެވެ. ޖައްވުގާ އުދުހިލާފާ އުޅޭ މަންޒަރު ވީޑިއޯކޮށްގެން ލީކްކޮށް ފަލީހަތްކޮށްލާނެ ކަމެއް ނުދެނެ ހުންނާނެތާއެވެ. ބިސްފީކުރަން ބަނޑުދަށަށް ވައްދަފާނެ ކަމަކަށް މަހާރެހެންދި ހިތައްވެސް ނަރާނެތާއެވެ. އެކަމަކު އެކަކަށްވެސް ދޮންކަޅު އަންގާ ނުލާ އުޅެވެނީ ވެސް ވަކި ވަރަކަށެވެ. 

    މަހާރެންދިއަށް ހިލަންވުމުގެ ކުރިން ގަނޑުވަރުން ނެރެ ސައިޒުން ބޮޑުކަމަކާ މަތިކުރިޔަސް ގާތްކަން ދުރުވުމުގެ ނުތަނަވަސްކަމެއް ބިސްފީކުރާ ކަމަނާގެ ފިލާނުދިޔައެވެ. ރަސްކަން ހޯދަން ހެދިހާ ސިހުރެއް ހެދީ އަމިއްލަ ލޯމަތީގައި ބައިވެރިވުން ހޯދައިގެން ކަމަށްވަންޏާ ގާތްވާން ސިހުރު ނުހަދާންވީ ސަބަބެއް ނެތްތާއެވެ. ފުލުފުލުގައި ސިހުރުގެ ކުޅިސަމާ ފަށައިގަތެވެ.

    ސިހުރުގެ ގޮށްތަކަށް ފުމެން ފެށުމުން މަހާރެހެންދިޔަށް ހިލަންވާކަށް ދުވަސްތަކެއް ނުވިއެވެ. ނޭނގޭ އުދަގޫތަކެއް ވާންފެށުމުން ސަލަފީންގެ އެހީ ނުހޯދައެއް މަހާރެހެންދި ނުހުންނާނެތާއެވެ. ސަލަފަކީ މަހާ ރެހެންދި ވިއްޔާއެވެ.

    އަނެއްކޮޅުން ހިލަންވެގެން ރަދުންގެ ބޮޑު ރައްޓެހި މީހާ އަންހެނުން ވަރިކޮށް ފިލާރައްކާ ވެއްޖެއެވެ. އޭނާ ފިލާރައްކާވީ މިލިޔަން މިލިޔަނުން ޑޮލަރުވެސް ހިފައިގެން ކަމަށް ބުނެއުޅެއެވެ. ކުރާނީ ކީއްހެއްޔެވެ. ކިތަންމެ ބޮޑު ދޯކާއެއް ދީފާ ފިލިޔަސް އޭނާ މަގާމުން ވަކި ކުރެވޭނެ ހިތްވަރެއް ރަދުންގެ ނެތެވެ. ގޮތެއް ހަދަލައިފިނަމަ ނިކުންނާނެ އެއްޗެތި ގިނަކަމުން ސަސްޕެންޝަންގައި ބިހައްޓަން ޖެހުނީ މުސާރަ ދީފައެވެ.

    ލޯމައްޗަށް ކަންކަން ސާފުވެ ހާމަވުމުން ގަޑުވަރުގެ އޯޑަރަކަށް ފުލުހުން ނިކުމެ ބިސްފީކުރާ ކަމަނާ ހުރަގެއަށް ކަހާލީއެވެ. ވީދެރަޔާ ގަތްލަދުން ރެކެން މައްސަލަ ބަލަނި ތިމަންގެ އަމުރަކަށް ނޫނޭ ބުނެ ހިތައް ހަމަޖެހުމެއް ގެނެވޭތޯ އުޅުނަސް ހިތްހަމަ ޖެހޭނީ ކިހިނެއްހެއްޔެވެ. މޫނަށް ލަދަށް މަގާމުން ވަކިކުރިޔަސް ހިތުން ދީފައިވާ މަގާމެއް ވަތްކެއް ނުކުރެވޭނެތާއެވެ. މަހަރެހެންދީގެ ނުފޫޒު ގަދަކަމުން ކައިރި ވެވޭކަށް ނެތެވެ. ބަރަހަނާވެ ރަސްކަން ގެއްލިދާނެތީ ބިސްފީކުރާ ކަމަނާ ހުރަގޭންނެރެ ދޫކޮށްލެވޭކަށް ނެތެވެ.   

    ]]>
    Sat, 06 Jul 2024 16:48:51 +0500 ނިއުސް ޑެސްކް
    ޕީޖީ ޝަމީމާހުރެ ދައުލަތް ފާލުން ނެއްޓިފާ! https://heerasnews.com/2587 https://heerasnews.com/2587 ޕްރޮސިކިއުޓަރ ޖެނެރަލަކީ ހާއްސަ އިމްތިޔަޒްތަކާއި އިހުތިޔާރުތަކެއް ދީފައި ހުންނަ މީހެކެވެ. އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ އެންމެ މުހިންމު ތަނބެވެ. ޖިނާއީ އަދުލުގެ ނިޒާމްގެ މައިބަދައެވެ. ތަހުގީގާއި ޝަރީއަތް ގުޅުވާދޭ ފާލަމެވެ. 

    ޕީޖީ ފާސިދުވެއްޖެނަމަ މުޅި ޖިނާއީ އަދުލުގެ ނިޒާމް ފާސިދުވެ ދައުލަތް ހަރާބުވެ މުޅި ދައުލަކީ ކުށުގެ އަމަލުން ތަތްތެޅެފައިވާ ދައުލަތަކަށް ބަދަލުވެދެއެވެ. ދައުލަތުގެ މުދަލާއި ފައިސާއަކީ ނުފޫޒުހުރި މީހުންގެ މިލްކަކަށް ބަދަލުވެ ބިރެއްނެތި ދައުލަތް ލޫޓުވާލުމަށް ދޮރު ހުޅުވެއެވެ. 

    ފަހުގެ ތާރީހުގައި ދައުލަތުގެ މުދަލާފައިސާ ލޫޓުވަލުމުގެ ރެކޯޑް އޮތީ އެމްއެމްޕީއާރުސީގައެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ބިލިޔަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ޒިންމާ އުފުލާނެ އެކަކު ނުވެ މުޅި މައްސަލަ ހުދުކަފޫރަށް ވެގެން ނިމިދިޔައީ ޕްރޮސިކިއުޓރ ޖެނެރަލްގެ ސަބަބުންނެވެ. ދައުލަތުން ގެއްލުނު ލޯލާރިއެއްވެސް ދައުލަތަށް ނުލިބި ހުރިހާ ވަގުން މައުސޫމްވެ ނިމުނީއެވެ. 

    ކުޑިކުޑަ އެންމެ މިސާލެކެވެ. އެމްއެމްޕީއާރުސީ އާއި ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއްގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ކުރައްވާފައި އަހުމަދު ނިހާނު ހަސަން މަނިކުގެ މައްޗަށް ދައުވާ ކުރުމަށް 14 ޑިސެންމބަރ 2020ގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވިއެވެ. ދައުވާ ކުރަން ފޮނުވިއިރު އޭނާގެ ޕާސްޕޯޓްވެސް އޮތީ ހިފަހައްޓާފައެވެ. ކުރާނެ ވަރަކަށް ދިރަސާކުރުމަށް ފަހު 6 މައްސަލައެއްގައި ނިހާނާ ދެކޮޅަށް ދައުލަތުން ދައުވާ ކުރިއެވެ. ނިހާނާ ދެކޮޅަށް ދައުލަތުން ދައުވާކުރީ 29 ޑިސެންބަރ 2020ގައެވެ. 

    ނިހާނުގެ މައްޗަށް ކުރިހާ ދައުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއާއި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެވެ. ދައުވާތަކާއި އެކު ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިހާނު ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ. ޝަރީއަތް ނިމެންދެން ނިހާނުގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓާފައެވެ.

    ނިހާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ ޝަރީއަތް ބޭއްވެމުން ނުބޭއްވެމުން ގޮސް ޝަރީއަތުގެ ހުކުމަކާނުލާ ހުސްވި ޖޫން މަހު ނިހާނަކީ ބޯކިރުކޮޅަކަށް ވެއްޖެއެވެ. ނިހާނުގެ މައްސަލަތައް އަނބުރާ ނެގި ދުވަހު ނޫން އަނެއް ދުވަހު ނިހާނު އެހުރީ ދިވެހި ދައުލަތުގެ ގާނޫނު ހަދާ ބާރުގެ އިދާރާގެ އިސްވެރިއަކަށެވެ. ކިހާބޮޑު އިއްތިފާގެއް ހެއްޔެވެ. ގައުމެއް ފަސާދަ ވާނީ މިހާކަށް ވަރަށެވެ.

    ނިހާނު މައުސޫމް ކުރުމުގެ ބަހަނާއަކަށް ޕީޖީން ދެއްކި ބަހަނާއަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްސަލަ ނިމުނު ގޮތުން ނިހާނުގެ މައްޗަށްވެސް ކުށްސާބިތު ކުރެވޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލު ނުކުރެވުމެވެ. ކޮށްގެން އުޅުނީ ސާބިތު ނުހިފޭނެ ދައުވާތަކެއްކަން ޕީޖީއަށް އެނގުނީ ތިން އަހަރު ވީފަހުންނެވެ. ކިހާ ރީތި ހެއްޔެވެ. 

    ތިން އަހަރެއްހާ ދުވަސް ވަންދެން ސާބިތު ނުހިފޭނެ މައްސަލައެއްގައި ދައުވާކޮށްގެން ދިވެހި ރައްޔިތެއްގެ އިއްޒަތުއްނަފްސަށް އަރައިގަތުމަށް އެއްވެސް ގާނޫނަކުން ޕީޖީއަކަށް ބާރެއް ނުދެއެވެ. 3 އަހަރު ވަންދެން މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިގެން ދަތުރުފަތުރު ކުރުމުގެ އަސާސީ ހައްގުން ރައްޔިތަކު މަހުރޫމް ކުރުމުގެ ބާރެއްވެސް ގާނޫނު ނުދެއެވެ.

    ހަމަތެދެކެވެ. ނިހާނުގެ މައްސަލަތައް އަނބުރާ ގެނައުމުން އަދުލު އިންސާފް ގާއިމު ކުރުމުގެ ނިޒާމަށް އިތުބާރު އުފެދުނީއެއް ނޫނެވެ. އިތުބާރު ގެއްލުނީއެވެ. ފުލުހުންނާއި ރިޔާސީ ކަމިޝަނާއި ޕީޖީ އޮފީހުން ކުރިހާ މަސައްކަތް ބޭކާރުވީއެވެ. ދައުލަތުގެ މަސައްކަތުގައި ތިބި އެތައް ބައެއްގެ މަސައްކަތާއި ވަގުތާއި އެތައް ފައިސާއެއް އިސްރާފުވީއެވެ. ދައުވާ ކުރުމާއި ދައުވާ އަނބުރާ ގެނައުމަކީ ޕީޖީ މުސްތަގިއްލު ކަމެއްނެތި ނުފޫޒުގެ ދަށުވެގެން ނުވަތަ ރިޝްވަތު ނަގައިގެން ކުރާ ކަމެއްކަމަށް ގިނަބަޔަކު ގަބޫލުކުރަން ފަށައިފިއެވެ. ޕީޖީން ކުރާ ކޮންމެ ކަމެއްކުރަނީ މޫސުމީ ޒާތީ މަސްލަހަތުގައި ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވެނީ އެހެން ވެގެންނެވެ. 

    ދައުވާކުރުމާ ދައުވާ އަނބުރާ ގެނައުމުގެ ބާރު ޕީޖީއަށް ގާނޫނު އަސަސީން ދިނީ ހިތައް އެރި މީހަކާ ހިތައްއެރި ދައުވާއެއްކޮށް ހިތަށް އެރި ދައުވާއެއް އަނބުރާ ގެންނާކަށް ނޫނެވެ. އެބާރު ދިނީ އަދުލުވެރި ކަމާއެކު އިންސާފު ގާއިމު ކުރުމަށެވެ. 

    ]]>
    Sat, 06 Jul 2024 13:44:46 +0500 ނިއުސް ޑެސްކް
    ދަވާލަނީ މުއިއްޒު & ހިތިބޭސް ބޯންވީ ރައްޔިތުން https://heerasnews.com/2584 https://heerasnews.com/2584 ވިހި ބާވީސް ވުޒާރާ ހަދައިގެން ކޮންމެތާކަށް ސިޔާސީ މީހުންގެ ގޮތުގައި މީހުން ވައްދާފައި އެތިބީ ފުރިގެން ބަންޑުންވާ ވަރަށެވެ. ސިވިލް ސާވިސް މުއައްޒަފުންނަށް ވުރެ ސިޔާސީ ވެރިން ގިނައެވެ. އަތްގުޅި ނުކާވަރުގެ ބޮޑެތި މުސާރަދީފައި ސިޔާސީ މަގާމްތައް ފަތުއަޑުކިޔަފާ އަދިވެސް މީހުންނަށް ދޭގޮތަށް ދެނީއެވެ. ފަސްޓް ކުލާހުގައި ވަޒީރުންނާ އިސްވެރިން ދުނިޔެ ބަލައިލަނީއެވެ. އާމްދަނީއެއް ނުލިބޭހެން މިލިޔަން މިލިޔަނުން ހަރަދުކުރުމުގައި އަތުފަތު ނޭޅެއެވެ.

    ސަރުކާރުގެ ހަރަދު ކުޑަކުރަން 400 ސިޔާސީ މުއައްޒަފުން މަދުކުރާނެކަމަށް ސަރުކާރުން ބުނީމާ ވައްދަފާ ތިބި ސިޔާސީ މީހުންގެ ގިނަކަން ވަޒަން ކޮށްލެވޭނެއެވެ. 400 މީހުން މަދުކުރާ ވާހަކަ ބުނާނީ ގައިމު ބައިވަރެއް އޮވެގެންތާއެވެ. ސިޔާސީ 400 މީހުން ކަނޑާލާ ވާހަކަ ދެއްކި ފަހުން އެއްވެސް މީހަކު ނުކަނޑައެވެ. އެކަމަކު ވައްދާ ގޮތަށް އެބަ ވައްދައެވެ. 

    މުއިއްޒު ވަކި ގޮތަކަށް ކަމެއް ކުރާނެކަމަށް ބުނެފިނަމަ ބަލާނެ ކަމެއް ނެތެވެ. އެކަމެއް އެގޮތަކަށް ނުކުރާނެއެވެ. ބާލަން ބުނި އިންޑިޔާ ސިފައިންގެ ބޭލީ ޔުނީފޯމެވެ. ހަމަކުރަން ބުނި އެގްރިމަންޓްތައް ތުޖޫރީއަށްލާ ތަޅުލީއެވެ. އަތުލަން ބުނި ކަނޑު ވީ ހުދު ކާފޫރަށެވެ. ރަށްރަށުން ނުކަނޑަން ބުނި މުއައްޒަފުން ކަޑާ ކޮށްލީ މަގުމައްޗެވެ. މަތިބަރު ނުކުރާން ބުނި ސަރުކާރެކޭ ތެލާޕިޔާ އައިނެކޭ ތަފާތެއް ނެތެވެ. ބޮޑު ނުކުރާން ބުނި ޓެކްސް ބޮޑުނުކޮށް ވާން އޮތް ކަމަކަށް ނުވެއެވެ. ހެޔޮކުރަން ބުނި ޑޮލަރު ގަންނަން ނުވެސް ލިބެނީއެވެ. ކަމުނުދިޔަ ކޮތަޅު ޓެކްސް ވަރަށް ކަމު ހިނގައްޖެއެވެ. ބެންކޮކާ ދުބާއީން ދޭންބުނި އާސަންދަ ރާއްޖޭންވެސް ނުލިބެނީއެވެ. ކަރަންޓްބިލު ކުޑަކުރަން ބުނެފާ ސަބްސިޑީ ދިނުން ހުއްޓާލަނީއެވެ.

    މުއިއްޒު ސަރުކާރަށް ނިސްބަތްވާ މުއިއްޒުގެ އައުވާނުންނާއި އަދުރޭގެ މިނިމިންޔަށް ސަރުކާރުން ބޮޑު މުސާރަދެއެވެ. ފިރިއެއް އަނތްބެއް ދަރިއެއް ޅިޔަން ފަހަރިއެއް ކިޔާނެކަމެއް ނެތެވެ. ސިޔާސީ މަގާމު ދީގެން ކުރާނެ ކަމެއް ކުރަން ދައުލަތުގެ ފައިސާ އޮއްސަނީއެވެ. މުއިއްޒުގެ މޮޅު ވާހަކަ ދައްކަން ބޮޓުން ހަޔަރކޮށް މީޑިއާގައި ހޭކަޑާލާފައި މަސައްކަތް ކުރަން އެތައް ބަޔަކަށް ފައިސާ އޮއްސަނީއެވެ. ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓް ފުނޑާލި ތިން ނައިބުނަށް މަސައްކަތެއް ނުކުރުވާ ލައްކަ ލައްކައިން މުސާރަދެނީއެވެ. 

    ދަރަންޏޭ ދެކޮޅު ނުޖެހުމޭ ކިޔައިގެން މުއިއްޒު ކުރަން މިއުޅޭ ކަމަކީ ރައްޔިތުންގެ ޖީބުކެނޑުމެވެ. ޓެކުމެވެ. ފޭރުމެވެ. ހަމަ ތެދެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި މުޅި ދައުލަތް އިރާކުދިކޮށް މުއިއްޒު ކައިހުސްކުރަމުންދާން ބަހައްޓައިގެން ހިތިބޭސް ބޯން މިޖެހެނީ އާއްމު ރައްޔިތުންނަށެވެ.    

    ]]>
    Thu, 04 Jul 2024 13:59:17 +0500 ނިއުސް ޑެސްކް
    މަސްވެރިންނަކީ ވިލާއާއި އެންޒީގެ އަޅުންނަށް މުއިއްޒު ހަދާދެނީ!؟ https://heerasnews.com/2583 https://heerasnews.com/2583 އެފްޕީއައިޑީގެ ޒަމާނުއްސުރެ ދިވެހި މަސްވެރިން ބަނާ މަހަކީ ސަރުކާރު މަސްކުންފުނި ހިންގަން ހަވާލުވާ ބަޔަކު ދިރުވަލާފައި ބަކީވާ އެއްޗެއް ސަރުކާރަށާއި މަސްވެރިންނަށް ލިބޭ އެއްޗެކެވެ. ސަރުކާރު މަސްކުންފުނީގެ ކޮރަޕްޝަނުގެ ތާރީހަށް ދާކަށް ނެތީމެވެ. އެންމެން ދަންނަ އެ ބޮޑު ސިއްރުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. 

    ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ހަރަދު ކުޑަކުރުމުގެ ނަމުގައި ކޮންމެ ކަމެއް ކުރިޔަސް ކުންފުނި ވުޖޫދުގައި އޮތްހާ ހިނދަކު މިފްކޯގެ ވެރިންގެ ޖީބުތައް ނުފުރާ ގޮތަކަށް އެއްކަމެއްވެސް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. ބޭރުކުރާ ކޮންމެ މަސް ޝިޕްމަންޓަކުން މަސް ރިޖެކްޓް ކުރާގޮތާއި ރިޖެކްޓް މަހަށް ވާގޮތަކީ މަސްވެރިން ދަންނަ ބާ ވާހަކައެކެވެ. 

    އެހެން އެކަން އޮތް އޮތުން ބަދަލުކުރުމަށް އެމްޑީޕީ ސަރުކާރުން ކަންތައް ތަކެއްކުރިއެވެ. މިފްކޯގެ ކޭޝްފްލޯ ދަށްވެ މަސްވެރިން ބާނާ މަހަށް އަގުނުދެވޭތީ އެކަން ފޫބައްދާ މިފްކޯ ދަރަނިވެރި ކަމުން އަރައިގަނެވެންދެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންނަކަށް ހެދިއެވެ. ރަށްރަށުގައި ހުރި މިފްކޯގެ އައިސް ޕްލާންޓްތައް މިފްކޯގެ ދަށުން ވަކިކޮށް އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހެދިއެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަހުން ޔޫރަޕަށް އެތެރެކުރާ މަހަށް ދައްކަންޖެހޭ ޒާތްޒާތުގެ ޓެކްސްތަކާއި ރޯޔަލްޓީތައް ކަނޑާލުމާ ހަމައަށް މަޝްވަރާތައް ކުރެވި 25 ރުފިޔާއަށް މަސްވެރިން އަތުން މަސްގަންނަން ފެށިއެވެ.

    މިފްކޯއަށް މަސްކިލޯއެއް ގަންނަ އަގަކީ 25 ރުފިޔާ ކަމަށް ހެދުމުން ރާއްޖޭގައި މަސްގަންނަ ކުންފުނިތަކަށް އެކަންވީ ވަރަށް ބޮޑުކަމަކަށެވެ. އެމީހުން ބޭނުންވީ ނުއަގުގައި މަސްވެރިންގެ އަތުން މަސްގަނެގެން އެމީހުންގެ ޖީބުތައް ބޮޑުކުރާށެވެ. 25 ރުފިޔާއަށް މަސްކިލޯއެއް ނުގަނެވޭނެ ކަމަށް ބުނެ މަކަރުވެރި އަމިއްލަ ވިޔަފާރިވެރިން މަސްގަތުން ހުއްޓާލީއެވެ. ރިޔާސީ އިންތިހާބު ތެރޭގައި މުއިއްޒާ ޑީލް ހަދައިގެންނެވެ. 

    އެހެން ކަމުން މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ކުރިކަމަކީ އެސްޓީއޯގެ ދަށުން މިފްކޯ ނެރުމެވެ. މިފްކޯއަށް ގަނެފައިވާ މަހަށް ފައިސާ ނުދީ މަސްވެރިން މަގުމަތިކޮށް ލުމެވެ. ބަހަނާއަކަށް ދެއްކީ ކުރީ ސަރުކަރުން މަހުގެ އަގު 25 ބޮޑުކުރުމުން މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅޭކަމަށެވެ. އެންމެ ފަހުން މިފްކޯއަށް މަސްކިލޯއެއް ގަންނައަގަކީ 15 ރުފިޔާކަމަށް ހަދާފައި އެގޮތްވެސް ކަމުނުގޮސްގެން މަހުގެ އަގަކީ ދަށްވެ މަތިވާ އެއްޗަކަށް ހެދީއެވެ. 15 ރުފިޔާއަށް ވެސް މަސްކިލޯއެއް ދެން މަސްވެރިނަށް ވިއްކޭނީ ހާލަކުން ދުވަހަކުއެވެ. މަހުގައި އަގެއް ހުރި ދުވަހެއް އަންނަ ކަމަކަށް މިފްކޯއަކަށް ނުވާނެއެވެ. 

    މުއިއްޒުގެ ރިޔާސީ ކެންޕޭނަށް މަސްގަންނަ ކުންފުނިތަކުން މިލިޔަނުން ފައިސާ ހަރަދުކުރީ މިދުވަސް ގެންނާށެވެ. މަސްވެރިން ބާނާ ހުރިހާ މަހެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް ނުއަގުގައި ގަނެގެން ބޮޑު އަގުގައި ވިއްކާ ފައިދާ ނަގާށެވެ. ދިވެހި މަސްވެރިން ނޮޅާލާށެވެ. މަސްގަންނަ އަމިއްލަ ކުންފުތަކާ ގުޅިގެން މިފްކޯއަކީ ދުވަހަކު ފައިދާއެއް ވާނެ ކުންފުންޏަކަށް މިފްކޯ ހަދާކަށް މުއިއްޒު ސަރުކާރުން ބޭނުމެއް ނުވެއެވެ. މަހުގެ ކޮންޓްރޯލު ސަރުކާރުން ދޫކޮށްލާ އަމިއްލަ ދެތިން ކުންފުނީގެ އަތްމައްޗަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ދޫކޮށްލައިގެން އެމިހުންގެ އަތުން ކަޓުނަގައިގެން މުއިއްޒުގެ ޖީބުފުރާލުމަކީ މުއިއްޒުގެ އަމާޒެވެ.

    ފައިދާ ނުވާ ދައުލަތުގެ ކުންފުނިތައް އުވާލަން ރާއްޖޭގެ ބޮޑު މަހުޖަނު މަޖިލީހުގައި ގޮވާލި ގޮވާލުމަކީ އިއްތިފާގެއް ނޫނެވެ. އޭގެ ފަހަތުގައި އޮތީ ވަރަށް ބޮޑު މަކަރުވެރި ރޭވުން ގަނޑެކެވެ. މުއިއްޒުގެ އިގްތިސާދީ އެޖެންޑާ ބޮޑު މަހުޖަނަށް މާކަމުގޮސްގެން އުޅޭއުޅުމަކީ ސަމާސާ ކަމެއްނޫނެވެ.  

    މިފްކޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ބުނަމުން ރިޖެކްޓް މަސް ނުކިރާނެ ވާހަކަ ދައްކަމުން ކުރަން އުޅޭކަމަކީ މަހުގެ އަގު ވައްތާލައިގެން މިފްކޯއަށް މަސްގަތުން ހުއްޓާލުމެވެ. އެންމެފަހުން މިފްކޯއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ސަބްސިޑީ ދީގެން ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށް ބުނެ މިފްކޯ އުވާލާ ވިލާއާއި އެންޒީ ހަދާނެއެއްޗެއް ހަދަން ކޮންޓްރޯލެއްނެތި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ދޫކޮށްލަނީއެވެ. މުއިއްޒަށް ބައި އެޅިމާ ނިމުނީއެވެ. އޭރުން މަސްވެރިން ވެގެން ދަނީ ވިލާއާއި އެންޒީގެ އަޅުމަސައްކަތު ކުދިންނަށެވެ. 

    ]]>
    Thu, 04 Jul 2024 10:38:00 +0500 ނިއުސް ޑެސްކް
    މިއޮތީ ފަޅޮލާއި އެކު ކެއުން ނުރައްކާ ފަސްކާނާ https://heerasnews.com/2579 https://heerasnews.com/2579 ފަޅޮލަށް ލޯބި ކުރަން ހެއްޔެވެ. ފަޅޮލަކީ ގިނަ ބަޔަކަށް ކަމުދާ އެއް މޭވާއެވެ. ފަޅޮލަކީ ކެލަރީ މަދު އެއްޗަކަށް ވާތީ ސިއްހީ ގޮތުން އެހެނިހެން ގިނަ ފައިދާތަކެއް ފަޅޮލުން ލިބެއެވެ. އެކަމަކު ފަޅޮލާއި އެކުއެކީގައި ކެއުމުން ދުރުހެލިވާން ޖެހޭ ވަކި ކާނާތަކެއް ވެސް ހުރެއެވެ. ފަޅޮލާ އެކުގައި ކެއުމުން ދުރުހެލިވާން ޖެހޭ ފަސް ބާވަތެއް ބުނަން ހެއްޔެވެ. އެ ބާވަތްތައް އެނގުން މުހިންމެވެ.

    އުސްއަލި

    • ފަޅޮލަކީ ފައިދާ ހިމެނޭ އެންމެ ގިނަ މާއްދާތައް އެކުލެވޭ އެއް މޭވާ އެވެ.

    • ނަމަވެސް އެއާއެކު ކާ ކާނާތަކަށް ސަމާލުކަން ދޭން ޖެހެއެވެ.

    • ރަނގަޅަށް ބޭނުން ނުކުރެވިއްޖެނަމަ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.

    ތާޒާ މޭވާ ކެއުމަކީ ދުޅަހެޔޮ ކާނާ ކެއުމަށް މުހިންމު ކަމެއް ކަމުން އަހަރެމެންގެ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ނިއުޓްރިޝަން އިތުރުކުރުމަށް އެހީތެރިވެދޭ އެކައްޗަކީ ފަޅޮލެވެ. ކެއުމަށް ގިނަ އަދަދަކަށް މޭވާ އިހުތިޔާރު ކުރާއިރު އެންމެ ގިނައިން އިހުތިޔާރުކުރާ އެއްމޭވާއަކީ ފަޅޮލެވެ. ސްމޫތީއެއްގައި ނުވަތަ ޔޯގަޓްގައި ވެސް ފަޅޮލަކީ ހޫނު މޫސުމުގެ ދުވަސްވަރު ހަކަތަ އިތުރު ކުރުމަށް ވަރަށް ފުރިހަމަ އެއްޗެކެވެ.

    ފައިދާ ބޮޑު މި މޭވާވެސް ބޭނުންކުރެވޭ ގޮތަކުން ސިއްހަތަށް ގެއްލުން ލިބިދާނެއެވެ. އެއްވެސް ފިކުރެއްނެތި އެހެން ކާނާތަކާ އެކު ފަޅޯ ބޭނުން ކުރާ ފަހަރު ވެސް އާދެއެވެ. ފަތްޕިލާވެލީގެ ބޭސްވެރިން އެއްބަސްވާ ގޮތުގައި ރަނގަޅު ކާނާ ބޭނުން ކުރެވޭ ގޮތުން ހަށިގަނޑަށް އިދިކޮޅު ސިފަތަކެއް ހުންނަގޮތަށް ކާނާ ޖޯޑު ކުރުމުން ދުރުހެލިވާން ޖެހެއެވެ. ގުދުރަތީ ގޮތުން ހޫނު އެއްޗަކާއި ފިނި އެއްޗަކާ ޖޯޑު ކުރުވައިގެން ބޭނުން ކުރުމަކީ ހަށިގަނޑުގައި ފިނިހޫނުމިނުގެ އިންބެލެންސް އެއް އުފެދިދާނެ ކަމެކެވެ.

    ފަޅޮލާ ޖޯޑުކޮށްގެން ބޭނުން ކުރުމުން ދުރުހެލިވާންޖެހޭ ވަކި ކާނާތަކެއް މިހިސާބުން ފާހަގަ ކޮށްލާނަމެވެ. ޖޯޑުކުރުމޭ މިބުނާ ބަހުގެ މުރާދަކީ އެއްކޮށްގެން ކެއުމެވެ. 

    ކާނާ އެއްކޮށްލުން:

    ފަޅޮލާއި ޖޯޑުކޮށް ކެމުން ދުރުހެލިވާންވީ 5 ކާނާ:

    1. ކިރު އުފެއްދުންތަކާއި ފަޅޯ

    ކިރާއި ބިހާއި ކަދުރު ފަދަ ކިރުގެ އުފެއްދުންތަކާ އެކު ގިނަ ބަޔަކު ފަޅޯ ބޭނުންކުރެއެވެ. މިކަމަކީ ކުރާނަމަ މިހާރުން މިހާރަށް ހުއްޓާލުން ރަނގަޅުކަމެކެވެ. ފަޅޮލުގައި ޕަޕައިން ކިޔާ އެންޒައިމެއް ހިމެނެއެވެ. މިއީ މި ކިރުގެ އުފެއްދުންތަކުގެ ހަޖަމުކުރުމުގެ ޕްރޮސެސްއަށް ބުރޫއަރުވާ އެއްޗެކެވެ. ގޭހާއި ފުއްޕާމޭގެ ބަލިތައް ފެށުމުގެ ފުރުސަތު ބޮޑުވެއެވެ. 

    2. ކުޅިކާނާއާއި ފަޅޯ

    ރަހަ މީރު ކާނާއަކީ ހަށިގަނޑުގައި ހޫނު އުފެއްދުމަށް ފަސޭހަވާ އެއްޗެކެވެ. ފަޅޮލަކީ ހަށިގަނޑު ފިނިކޮށްދޭ މޭވާއެއް ކަމުން  ފަޅޮލާއެކު ކުޅި ކާނާ ބޭނުންކުރުން ބުއްދި ވެރިއެއް ނޫނެވެ. ޒާތްޒާތުގެ ކުޅި ރިހައާއި ހަވާދު ހިމެނޭ މެންދުރުގެ ނުވަތަ ރޭގަނޑުގެ ކެއުމާއެކު ފަޅޯ ކެއުމުން ހަށިގަނޑުގެ ފިނިހޫނުމިން ބެލެންސް ނުވެ ބަނޑަށް އުނދަގޫ ވެދާނެއެވެ. 

    3. ހުތް މޭވާއާއި ފަޅޯ

    މޭވާ ކާން ބޭނުންވާ ކޮންމެ ފަހަރަކު ގިނަ މީހުން ތައްޓަކަށް ހުތް މޭވާއާއި ފަޅޯ އަޅައިގެން ވިސްނާލުމެއް ނެތި ކައިއުޅެއެވެ. އެކަމަކު ފަޅޮލާއި އާއި ހުތްމޭވާ އެކުއެކީގައި ނުކެއުމަށް ވިސްނަންޖެހެއެވެ. ހުތްމޭވާއަކީ ވިޓަމިން ސީ ގިނަ މޭވާތަކެއް ކަމުން ހުތްމޭވާގައި މަތީ ދަރަޖައަކަށް އެސިޑް އެކުލެވެއެވެ. ފަޅޮލާއި ހުތް މޭވާ އެކުގައި ކެއުމުން ހީނުކުރާވަރުގެ ހިތްދަތިކަމެއް ކުރިމަތިވެދާނެއެވެ.

    4. އަނބާއި ފަޅޯ

    ހުތް މެވާގެ އިތުރުން ފަޅޮލާއެކު އަނބު ކެއުމުން ވެސް ދުރުހެލިވާން ޖެހެއެވެ. ކޮންމެ ވައްތަރެއްގެ އަނބެއްވިޔަސް ތަފާތެއް ނެތެވެ. ފެހި، ކަޅު، ނުވަތަ ރަތް ކުލައިގެ އަނބެއް ކަމުގައި ވިޔަސް ހަމަ އެއްގޮތެވެ. އަނބާއި  ފަޅޯ އެކުއެކުގައި ކެއުމަށް މޮޅު ކާނާއަކަށް ނުވެއެވެ. އަނބުގައި އެސިޑް ގިނައިން ހުންނައިރު، މިއީ ބަނޑުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ. އަނބާއި ފަޅޯ ވަކިވަކިން ކައިގެން ސިއްހީ ފައިދާތައް ލިބިގަތުމަކީ އެންމެ ރަނގަޅު ގޮތެވެ.

    5. ސަޔާއި ފަޅޯ 

    ހޫނާއި ފިނި ކާނާ އެއްކޮށްގެން ތައްޔާރުކުރާ އަނެއް އާއްމު އެއްކެއުމަކީ ސަޔާއި ފަޅޮލެވެ. ސައިގައި ކެޓެޗިން ކިޔާ ކޮމްޕައުންޑެއް ހިމެނޭއިރު، މިއީ ގޭސްޓްރިކް މައްސަލަތައް ކުރިމަތިވާ އެއްޗެއްކަން އެނގެއެވެ. މީގެ އިތުރުން ފަޅޮލުގައި ހުންނަ ޕަޕައިން އެންޒައިމް އާއި ގުޅުމުން ހާލަތު ގޯސްވެދެއެވެ. ފަޅޮލާއެކު ސައިބުއިމުގެ އާދަ ހިފިފާ ވާނަމަ އަވަހައް ހުއްޓާލާށެވެ.

    ސިއްހީ މައްސަލަތައް ފިލުވައިލުމަށް ރަނގަޅު ގޮތުގައި ފަޅޯ ކާށެވެ. ބުއްދިވެރިކަމާއެކު ކައިގެން ދުޅަހެޔޮ ސިއްހަތެއްގައި ތިބެމާހެއްޔެވެ!

    ]]>
    Wed, 03 Jul 2024 17:45:39 +0500 ނިއުސް ޑެސްކް
    ކިންގް މޭކަރ ގާސިމުގެ ސައިޒު ތޯލާފުޅި އަކަށް! https://heerasnews.com/2577 https://heerasnews.com/2577 2023 ގެ ރިޔާސީ އިންތިހާބާ ހަމަޔަށް ބުރުމާ ގާސިމޭ ބުނުމުން ގައިން ހީބިހި ނަގައެވެ. އޭނާގެ ނުފޫޒާ ބާރު ގަދަކަމުންނެވެ. ބޭނުން އިރަކު ބޭނުން ގޮތަކަށް މުޅި ދިވެހި ދައުލަތް އަނބުރާލާތީއެވެ. ދައުލަތުގެ ތެރޭން ބޭނުން ވެއްޖެކަމެއް ލަހެއް ފަހެއް ނެތި ކޮށްލާތީއެވެ. ދައުލަތުގެ ތެރެއިން ގާސިމު ބޭނުން އެއްޗެއް ބޭނުން ވަރަކަށް ނެގުމުން ނޫނީ އެހެން މީހަކަށް ނުލިބޭތީއެވެ. ގާސިމު ނުނިޔަތްލައިފި ސަރުކާރެއް ބިމާހަމަ ކޮށްލާތީއެވެ.

    ރައީސް މައުމޫނު ވެރިކަމުގެ ތެރެއިން ހަލާލެއް ހަރާމެއް ނުބަލާ ހޯދި މުއްސަދިކަމުން އެންމެ ބޮޑު މަހުޖަނަށްވެ މުޅި ދައުލަތް އޭނާގެ ކޮންޓްރޯލު ދަށަށް ގެނައެވެ. ރައީސް މައުމޫނު ވެސް ހުންނެވީ އޭނާގެ މުށުތެރޭގައި ކަމަށް އޭރު މީހުން ކިޔާއުޅުނެވެ. ރައީސް މައުމޫނުގެ މުއްޕަތުން ފުރާފުރިހަމަވެ ކަޅުއޮށު ބަނޑުދަށުގާ ހުރެ ބޮޑުވި ކޮރަކަށްޔާ އެއްގޮތަށް ރައީސް މައުމޫނަށް ދިނީ ދޯކާއެވެ. ރައީސް މައުމޫނުގެ ވެރިކަން ނިންމި ހަރަކާތަށް ހަކަތަ ދިނީ ސިދާ ގާސިމެވެ. ވެރިކަން ކުރާހިތް އޮތްލެއް ބޮޑުކަމުންނެވެ.

    ހުރި ބާރާއި ނުފޫޒަށް ބަލާއިރު ރައީސް މައުމޫނަށް ފަހު ވެރިކަން ކުރާނީ ގާސިމު ކަމުގެ ހުވަފެން އޭނާ ދުއްޓެވެ. އެހެނެއް ކަމަކު 2008ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނަ ބުރަށް ދެވޭވަރުގެ ވޯޓެއް ރައްޔިތުން ނުދިނެވެ. ދުއްވާލީ ޗޮކުންނެވެ. އެހެން ދިމާވުމުން ވެރިކަމުގެ ބޯކިބަލުން ބޮޑު ފަޅިވަރެއް ލިބޭތޯ ދެވަނަ ބުރުގައި ގުޅުނީ އެމްޑީޕީ ކޯލިޝަނާއެވެ.

    އެމްޑީޕީ ކޯލިޝަނަށް ވެރިކަން ލިބުމުން ހީކުރި ގޮތަށް ދައުލަތް ދަވާލަން ޖާގަ ނުލިބިގެން ވެރިކަމަށް ތިންހަތް ދުވަސްވީ ތަނާހެން އިސްތިއުފާ ދީފައި ދެކޮޅުވެރިވީއެވެ. ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލީ ގާސިމުގެ އަމިއްލަ ބޮނޑި ނުބަދެވިގެންނެވެ. "މަނީ މަނީ ޔޭސް ސަރ"ގެ ޖާދޫގައި ސިފައިންނާއި ފުލުހުން ޖައްސައިގެންނެވެ. 

    ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާ ޑރ. ވަހީދުގެ ބަގަވީ ސަރުކާރުގައި ދަނޑިމަތި އެނބުރީ ގާސިމެވެ. ޖީބަށް އިންތިހާ ދަރަޖައިގެ މޮޅު އެޅިއެވެ. ބޭނުން އެއްޗެއް ބޭނުން ވަރަކަށް ދައުލަތުން ދަމާވީދިއެވެ. އެކަމަކު ރިޔާސީ އިންތިހާބާ ޖެހުމުން ވަހީދަށް ދޯކާދީ ވެރިކަން ހޯދަން ފައިނެގިއެވެ. އެކަމަކު ރައްޔިތުން 2013 ގައިވެސް ގާސިމަށް ދިނީ ކެއްސެވެ. ވެރިކަމެއް ނުދިނެވެ. ދަނޑިވަޅުބަލާ ރައީސް ޔާމީނުގެ ވެރިކަމުގެ ކޯލިޝަނަށް ތޮރުފިގަތީއެވެ. 

    ގާސިމު ބޭނުންހާ އެއްޗެއް ހަދާކަށް ރައީސް ޔާމީނު ފުރުސަތެއް ނުދިނެވެ. އަރައިގެން ރުޅިން ކޯލިޝަނުން ވަކިވެ އެމްޑީޕީއާއި ގުޅިގެން ރައީސް ޔާމީނާ ދެކޮޅަށް ތެޅެގަތެވެ. ނަތިޖާއަކަށްވީ ރައީސް ޔާމީނުގެ ސިޔާސީ އަސީރަކަށްވެ ޖަލުގޮޅިން ޖާގަ ހޯދުމެވެ. އަނބިދަރިންނާއި މުދާ ގުރުބާންކޮށްގެން ވެސް ރައީސް ޔާމީނުގެ ވެރިކަން ނިންމަން ގާސިމު ނުކުރުވާ ކަމެއް ނެތެވެ. ނަތިޖާއެއްގެ ގޮތުން ރައިސް ޔާމިނުގެ ވެރިކަން ނިމި އެމްޑީޕީ ކޯލިޝަނަށް ވެރިކަން ފުރޮޅުނެވެ.

    ލިބުނު މޮޅުގައި މިނިވަންވެ ކޯލިޝަން ޕާޓުނަރަށް ވެގެން ވެރިކަމުގެ މައްޗަށް އެމްޑީޕީއަށް ވުރެ ބާރުގަދަކޮށް އެމްޑީޕީގެ އެތެރެކޮއިލު ރޫޅާލާ ދައުލަތް ފެލާލަން ނުކުރާ ކަމެއްނެތެވެ. އެމްޑީޕީ ވެރިކަމުގައި ހިންގި ކަމަށް ކިޔާ ކޮންމެ ކޮރަޕްޝަނެއް ގޮސް ގުޅެނީ ގާސިމާއެވެ. ގެއްލުމުގެ ބަދަލު ހޯދުމާއި ވެންޓިލޭޓަރާއި ޑޮމައިން ވިއްކުމާއި ޓޫރިޒަމް ރޭޕާއި ގޮސް ނިމެނީ ގާސިމަށެވެ. އޭނާގެ ވަޒީރުންނަށެވެ. 

    ކޯލިޝަން ޕާޓްނަރ ގޮތުގައި ހުރެ ރައީސް ސޯލިހާ ހަމައެކަނި ވާދަކުރީއެއް ނޫނެވެ. ގާސިމު ބައިވެރިވާ އެމްޑީޕީ ކޯލިޝަން ސަރުކާރަށް ނުގޮވާ ކުނިފުޅައެއް ނެތެވެ. އެ ސަރުކާރެއްގައި އަމިއްލަ އަނބިމީހާ ވަޒީރުކަމުގައި ހުރި ސަރުކާރެއް ފުޑާލަން ނިކުތުމުން ގާސިމަކީ މޮޔައެއް ކަމަށް ރައްޔިތުން ނިންމިއެވެ. ރިޔާސީ އިންތިހާބުގައި 5000 ވޯޓު މުޅި ރާއްޖޭން ނުލިބުނެވެ.

    ޒަމާނުއްސުރެ މިލްކުކޮށްގެން ހުރި މާމިގިލީ ގޮނޑިއަކީވެސް ރައީސް މުއިއްޒުގެ ހެޔޮފުޅުކަމުން ލިބުނު އެއްޗަކަށްވީއެވެ. ރާއްޖޭގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް މީހުން އިސްކޮށް ކިންގް މޭކަރ ހެދިގެން އުޅުނު ގާސިމުގެ ސައިޒު ތޯލާފުޅި އަކަށް ލެވޭހާ ކުޑަވީއެވެ. އެ ދާވަރުން ދަންޏާ އަސާގަނޑެއް ވިއްދައިގެން ބަންޑާރަ މިސްކިތުގެ ދާލައިގައި އިންނަން ނުޖެހިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.   

    ]]>
    Tue, 02 Jul 2024 12:54:24 +0500 ނިއުސް ޑެސްކް
    އިސްލާމްދީނަށް ގޮންޖަހާ ސަމޯއާ އެގްރިމަންޓްގައި ސޮއިކޮށްފި! https://heerasnews.com/2576 https://heerasnews.com/2576 ސަމޯއާ އެގްރިމަންޓަކީ ޑިމޮކްރަސިއާއި ހިއުމަން ރައިޓްސްގެ ނަމުގައި އަންހެން ކުޅިއާއި ފިރިހެންކުޅިއާއި މަސްހުނި ޖިންސީގުޅުމައި ޖިންސް ބަދަލުކުރުން ހުއްދަ ކުރުމަށް އަމަޒު ހިފައިގެން ވެފައިވާ އެއްބަސްވުމެކެވެ. ކޮމަންވެލްތާއި އީޔޫގެ ތެރެއިން އެހީތެރިކަމަށް ބޭނުންޖެހިފައިވާ ގައުމުތައް ބަދެލުމަށް ވެވިފައިވާ އެއްބަސް ވުމެކެވެ. ސަމޯއާ އެއްބަސް ވުމުގެތެރެއިން އެހެން ފަސް ދައިރާ އަކުންވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

    ސަމޯއާ އެއްބަސް ވުމަކީ އެއްޖިންސުން ގުޅުން ހިންގާ މީހުން މުޖުތަމައުން ބާކީ ކުރާކުރުން ނިމުމަކަށް ގެންނަން އުފަންކުރުވި ހަރަކާތެކެވެ. ޖިންސު ބަދަލު ކުރުމާއި ޖިންސީ އެދުންވެރިކަން ފުއްދުމުގައި އެމީހަކު އިހުތިޔާރުކުރާ ގޮތަކަށް އެދުންވެރިކަން ފުއްދުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށް ގަބޫލު ކުރުވުމަށް ވެވޭ އެއްބަސްވުމެކެވެ. 

    ސަމޯއާ އެއްބަސްވުމުގެ އެންމެ ބޮޑު އެއް އަމަޒަކީ އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސް ބަދަލުކުރުމާއި މަސްހުނި ޖިންސީ ގުޅުންތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް އިންސާނީ ހައްގެއްގެ ގޮތުގައި މުޖުތަމައު ތަކުގައި ގަބޫލު ކުރުވުމެވެ. ހުތުރު ވެގެންވާ ޖިންސީ އެ އަމަލުތަކަކީ ކޮމަންވެލްތުގެ 32 ގައުމެއްގައި ޖިނައީ ކުށުގެ ގޮތުގައި ކަނޑައަޅަފައި އޮންނަ އޮތުން ބަދަލުކޮށްލުމަކީ ސަމޯއާ އެގްރިމަންޓްގެ ހަގީގަތެވެ. 

    އިންސާނީ ހައްގުގެ ނަމުގައި ވަލުޖަނަވާރުންނަށް ވުރެ އިންސާނުން ދަށްކޮށްލުމަށް ރޭވިގެން ހިންގާ ސަމޯއާ އެގްރިމަންޓްގެ ހަރަކާތަކީ އިންސާނީ ހައްގުގެ ނަމުގައި ސިއްރުންނާއި ނުސީދާކޮށް ހިންގާ ހަރަކާތްތައް ފަދަ ހަރަކާތެއް ނޫނެވެ. ސަމޯއާ އެގްރިމަންޓްގެ ދަށުން އެލްޖީބީޓީކިޔު+ ހިންގަނީ ފާޅުގައެވެ. ލިޔެ ގަރާރު ކުރެވިގެންނެވެ.

    ވަލު ޖަނަވާރު ވެސް އެއް ޖިންސުން ގުޅުމެއް ނުހިންގައެވެ. އެކަމަކު މާތް ކުރެއްވި އިންސާނުން އެ ދަރަޖައަށް ވައްޓާލަން ފާޅުގައި ބަޔަކު އެބަ މަސައްކަތްކުރެއެވެ. ޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް ވެއްޓިފައިފާ އިންސާނުންގެ މުޑުދާރު އަމަލަކީ ރައްކާތެރިކަން ލިބިދެވޭ އިންސާނީ ހައްގަކަށް ހެދުމަށް މަސައްކަތް ކުރެވޭ ހަރަކާތަކާ ބައިވެރިވަނީ ވަރަށް ގޮތެއް ފޮތެއް ނެތް ބައެކެވެ.  

    ދުނިޔޭގެ ފަގީރު ގައުމުތަކަށް އަމާޒުކޮށްގެން އިގިރޭސީން އިސްވެ އޮވެ އެކުލަވާލި ސަމޯއާ އެގްރިމަންޓް ބަލައިގަނެ ސޮއި ކޮށްފައިވަނީ 79 ގައުމަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ކެރިބީއަންގެ 16 ގައުމާއި ޕެސެފިކްގެ 15 ގައުމާއި އެފްރިކާގެ 47 ގައުމާއި ދިވެހިރާއްޖެއެވެ. ދިވެހިރާއްޖެ ނޫނީ އޭސިޔާގެ އެއްވެސް ގައުމެއް ސަމޯއާ އެގްރިމަންޓް ގަބޫލު ކޮށްފައެއް ނެތެވެ. އަނެއް ކޮޅުން އުރައްޕަތެއް ހުރި އިސްލާމީ ގައުމަކުންވެސް ގަބޫލޫކުރާ ބަލައިގަންނަ އެގްރިމަންޓަކަށް ސަމޯއާ އެގްރިމަންޓް ނުވެއެވެ.  

    އެލްޖީބީޓީކިއު އަކީ ރީތި މޮޅުކަމެއް ކަމަށް ދައްކަން ވަކާލަތުކޮށް ހަރަދުކުރާ ބަޔަކު ދިވެހި ރާއްޖެން ބަލައިގަނެ ގަބޫލުކޮށް އެ ޖަމާއަތުގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. އިސްލާމް ދީނަށް ނަސްރުދޭ މާ ދީނީ ބަޔަކަށް ވެގެން ވެރިކަން ހޯދުމަށް ފަހު އިސްލާމީ ދައުލަތަކުން ދުވަހަކުވެސް ނުކުރާވަރުގެ މުޑުދާރު ކަމެއް މުއިއްޒު ސަރުކާރުން މިއަދު އެކޮށްލީއެވެ. އިސްލާމީ ދިވެހި އުންމަތަށް ހުތުރެވެ.

    އިސްލާމީ އުންމަތުގެ މޫނުމަތީގައި މިއަދު މުއިއްޒު ރާއްޖޭގެ ނަމުގައި އެއަޅާލީ ނުރައްކާތެރި ތަފާލެކެވެ. ފައިސާ ހޯދުމުގެ އެދުންވެރިކަން ބޮޑުވެ ލަދީނީ ސިއްކަ އަމިއްލަ ނިއްކުރީގައި މުއިއްޒު ޖަހައިގެން ނިންމާލީއެއް ނޫނެވެ. މުއިއްޒު ފައިސާއަށްޓަކާ އިސްލާމް ދީން ކޮމްޕްރަމައިޒް ކޮށްލީއެވެ.        

    ]]>
    Mon, 01 Jul 2024 19:15:16 +0500 ނިއުސް ޑެސްކް
    އެއްޖިންސުން ގުޅުން ހިންގުން މުއިއްޒު ހުއްދަކުރަނީތަ! https://heerasnews.com/2575 https://heerasnews.com/2575 އެލްޖީބީޓީ ( ލެސްބިއަން، ގޭ، ބައިސެކްޝުއަލް، ޓްރާންސްޖެންޑަރ) މީހުންނަށް މަދަނީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލް އަގުވާމީ ޖަމާއަތްތައް މެދުވެރިކޮށް ކެނޑިނޭޅި ސަރުކާތަކަށް ސިދާ ގޮތުންނާއި ނުސީދާގޮތުން ޔޫރަޕާއި އިނގިރޭސީން ފައިސާ އޮއްސަމުންދެއެވެ. އެލްޖީބީޓީއަކީ ގާނޫނީކުށެއް ގެ ގޮތުގައި ބަލާ 70 ގައުމަކަށް އަމާޒުކޮށް އެލްޖީބީޓީ ޕްރަމޯޓްކުރުމަށް އިގިރޭސި ދައުލަތުން 2020 ވަނައަހަރު އެކަނިވެސް 5.47 މިލިޔަން ޕައުންޑް ހަރަދު ކުރިއެވެ. އިގިރޭސި ދައުލަތުގެ 2020ގެ ބޭރުގެ އެހީގެ 55 މިލިޔަން ޕައުންޑް ހާއްސަކުރެވިފައި އޮތީ އެލްޖީބީޓީ ހައްގު ކަށަވަރު ކުރުމަށެވެ.

    ބައިނަލްއަގުވާމީ މުޖުތަމައުގައި އެލްޖީބީޓީއަކީ ކުށެއް ނޫންކަމަށް ހުއްތާނުލާ މަސައްކަތް ކުރެވުނަސް އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ 67 ގައުމު ދުނިޔޭގައި އަދިވެސް އެބައޮތެވެ. އޭގެތެރެއިން 32 ގައުމު ހިމެނެނީ ކޮމަންވެލްތުގައެވެ. ކޮމަންވެލްތަކީ އިނގިރޭސި ވިލާތުގެ އަޅުވެތިކަމުން މިނިވަންވުމުންވެސް އިގިރޭސިވިލާތުގެ އުނގުތެރޭން ނިކުތަނުދީ އެގައުމުތައް ބަނދެލުމަށް އިގިރޭސީން އުފެއްދި ފިކުރުގެ އަޅުންގެ ޖަމާއަތެވެ. އިގިރޭސި ތަހުތަށް ދައުލަތުގެ އެންމެ މަތީވެރިކަން ދީގެންއުޅޭ ގައުމުތަކާއި އިނގިރޭސީންގެ ތައްޕާހުންއުޅޭ ގައުމުތަކުގެ ޖަމާއަތެވެ. އިނގިރޭސި ވިލާތުން ދުނިޔޭގައި ހަން ފަތުރަން ގެންގުޅޭ ޒަމާނީ ހަތިޔާރަކީ ކޮމަންވެލްތެވެ. 

    މިހާތަނަށް އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށް އެއްޖިންސުން އެންމެ ގިނަ ކައިވެނި ކޮށްފައިވަނީ ކޮމަންވެލްތުގެ ގައުމުތަކުގައެވެ. ހާއްސަކޮށް އިގިރޭސި ތަހުތައް ދައުލަތުގެ އެންމެ އިސްވެރިކަން ދީގެން އުޅޭ ގައުމުތަކުގައެވެ. އެހެންކަމުން އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ 32 ގައުމު ކޮމަންވެލްތުގައި އޮތުމަކީ އިނގިރޭސި ވިލާތަށް ހަޖަމް ކުރެވޭކަމަކަށް ނުވެއެވެ. ގައުމުތަކުގެ ނިކަމެތިކަމުގެ ފައިދާ ނަގައިގެން އެލްޖީބީޓީ ޕްރަމޯޓްކުރުމަކީ އިނގިރޭސި ދައުލަތުގެ އަމާޒެވެ. މަގުސަދެވެ. 

    ސަމޯއާ އެގްރިމެންޓަކީ އެމަގްސަދުގައި ޔޫރަޕިއަން ޔޫނިއަނާގުޅިގެން އިގިރޭސީން އުފެއްދި އުފެއްދުމެކެވެ. ގައުމުތަކާ ޒުރޫރަތާ ގުޅުވައިގެން އެއްބާރުލުމާއި އެހީތެރިވުމުގެ ނަމުގައި އެކުލަވާލި ހަރަކާތެކެވެ. ޕެސިފިކާ އެފްރިކާއާއި ކެރިބިއަނާއި އިންޑިއަން އޯޝަނާއި އެފްރިކާގައި ހިމެނޭ ކުދި ފަގީރު ގައުމުތައް އެލްޖީބީޓީން ބަނދެލުމަށް ހިންގާ ހަރަކާތަކީ ސަމާއޯ އެގްރިމެންޓެވެ. ގައުމުތަކަށް ފައިސާއާއި އެހީއަށް ބޭނުން ޖެހިފައިވާ ދާއިރާތަކަށް އަމާޒުކޮށްގެން މާލީގޮތުންނާއި ފަންނީ ގޮތުން ސަމާއޯ އެގްރިމަންޓްގެ ދަށުން އެހީތައް ފޯރުކޮށްދެނީ އިންސާނީ ހައްގުގައި ޑިމޮކްރަސީގެ ނަމުގައި ކަންތައްތަކެއް ކުރުން ޝަރުތުކޮށްފައެވެ. އޭގެތެރޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ މާއްދާ ނިކަން ރަނގަޅަށް އެކިއެކި ޕްރޮގްރަމްގެ ތެރެއަށް އޮންނަނީ ވައްދާފައެވެ.

    ކިތަންމެ ނޫނެކޭ ބުންޏަސް ސަމޯއާ އެގްރީމެންޓްގެ ދަށުން އެހީ ހޯދަންޏާ ގައުމީ ގާނޫނުތަކުގައި ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އަންހެން ކުޅިއާއި ފިރިހެންކުޅިއާއި މަސްހުނި ޖިންސީގުޅުން ހިންގުމާއި ޖިންސު ބަދަލު ކުރުމަކީ ކުށެއް ނޫންކަމާއި އިންސާނީ ހައްގެއްކަމަށް މުޖުތަމައު ގަބޫލު ކުރުވަން މަސައްކަތް ކުރުވަންޖެހެއެވެ. އެންމެ ފަހުން އެ ހުރިހާ މުޑުދާރު އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރަން ޖެހެއެވެ. ދުނިޔޭގައި އެންމެ ގިނަ މީހުން އެ ދީން ތަކަށް އުޅޭ އިސްލާމް ދީނާއި ކުރިސްޓިއަން ދީނުގައިވެސް ބޮޑެތިކުށުގެ ގޮތުގައި ހިމެނޭ ކުށްތަކެއް އިމާމުންނާއި ފާދިރީން މަނާ ކޮށްކޮށް ތިއްބާ ހުއްދަކުރަން ލާޒިމު ކުރުވާނެއެވެ. 

    އެއް ޖިންސުން ގުޅުން ހިންގުމަކީ ވަލުޖަނަވާރު ވެސް ކޮށްއުޅޭ ކަމެއްނޫނެވެ. ބުއްދި ދެއްވި އިންސާނުން ވަލުޖަނަވާރަށް ވުރެވެސް ދަށުދަރަޖައަށް ވެއްޓެން ބާރުއަޅާ ޖަމާއަތަކާ ރާއްޖޭން ގުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. ފައިސާއައި އެހީ ކިތަންމެ ބޭނުންވިޔަސް ކުރަންވާނީ ކުރަންވާވަރުގެ ކަންކަމެވެ. ސަމޯއާ އެގްރިމެންޓްގައި ސޮއިކުރަން ޖެހޭނީ އެއްވެސް ރިޒަވޭޝަނަކާ ނުލައެވެ. މަގުސަދު ހާސިލް ނުވާގޮތަކަށް ބަޔަކު ކަމެއް ނުކުރާނެއެވެ. 

    ސަލަފުޅިޔަން ސަރުކާރަށް ލާދީނީ ވެވޭނީ މިހާކަށް ވަރަށެވެ. ފައިސާގެ ބޭނުމުގައި ޖިންސީ ގޮތުން ހަޑި މުޑުދާރު ފާފަތައް ހަލާލުކޮށް ހުއްދަކުރުމަށް މަސައްކަތްކުރާ ޖަމާއަތަކާ ގުޅުމަށް މަޖިލީހުންވެސް ރުހުން ދިނީއެވެ. މުޑުދާރު ހުރިހާ ޖިންސީ އަމަލެއް ކުށެއްގެ ގޮތުގައި އޮތްއޮތުން ބަދަލު ކުރުމުގެ މަސައްކަތް މުއިއްޒުފެށީއެވެ. އެންމެފަހުން ސަމޯއާ އެގްރިމަންޓްގައި ރާއްޖޭން ސޮއިވެސް ކުރީއެވެ. ހަލާކު ހުއްޓެވެ.

    ]]>
    Mon, 01 Jul 2024 17:30:12 +0500 ނިއުސް ޑެސްކް
    ކާޅުބައެއްހެން ނިކުމެ ކުރީސަރުކާރޭ ގޮތްވަސް ވާނެކަމެއް ހަރާން! https://heerasnews.com/2574 https://heerasnews.com/2574 ފަހަރަކު މީހަކު މީޑިއާ ކުރި މައްޗަށް ނިކުމެ މޮޅުވާހަކައެއް ބުނިމާ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ވަނީ ހެއްޔެވެ. އެއްބަކަު އަނެއް ބައެއްގެ ބޮލަށް ކެނދުމުން ދަރަނި އަދާވަނީ ހެއްޔެވެ. އެއްސަރުކާރުން އަނެއް ސަރުކާރަށް ވެރިކަން ބަދަލު ވައިރު ދަރަނި ނެތި ބަދަލުވީ ކޮން އިރަކު ހެއްޔެވެ.

    ބޮޑެތި ކަރިސާތަކާއި ވަބާތައް ކުރިމަތިވެ އާއްމު ހާލަތުން ބޭރު އެތައް ކަމެއް ކުރަންޖެހުމުން ހިނގަން ނުޖެހޭ އެތައް ހަރަދެއް ހިނގާ ދަރަނިވެރިކަން ބޮޑުވާނެއެވެ. އެހެނެކޭ ކިޔާ ރައްޔިތުންގެ ޑިމާންޑްތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކޮންމެ ހާލަކާއި ލައިގެންވެސް ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރެއް އޮތިއްޔާ ނުކޮށެއް ނުވެއެވެ. 

    އެއްވެސް ސަރުކާރަކީ ދަރަނިން ހުސްވެގެންވާ ސަރުކާރެއް ނޫނެވެ. ދަރަނި ނެގުމާ ދަރަނި އަދާކުރުމަކީ ސަރުކާރުތަކުގެ ތޮބީއަތެވެ. ކޮންމެ ސަބަބަކާ ހުރެގެން ވިޔަސް އަދި ކޮންމެ ބަޔަކު ކުރިކަމަކުންވިޔަސް ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. ދަރަނިތައް މެނޭޖުކޮށް ދަރަނި އަދާކުރުމަކީ އެއިރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެކެވެ. 

    ވެރިކަން ބަދަލުކުރަނީ ވެރިކަމުގައި އޮތް ސަރުކާރު ކަމުނުގޮސްގެންނެވެ. ވެރިކަން ނިމުމުން އެމީހުންގެ ޒިންމާ އެ ނިމުނީއެވެ. ވެރިކަން ބަދަލުވެ ވެރިކަމަށް އެހެން ބަޔަކު އައުމުން ގައުމު ހިންގުމަކީ އޮތް ސަރުކާރެއްގެ ކަމެކެވެ. ކުރީ ސަރުކާރު ކިޔަކިޔާ ތިއްބަކަސް ނަތީޖާއެއް ހާސިލެއް ނުވެއެވެ. އޭރުން އަބަދުވެސް ޖެހޭނީ ދިފާއަށް ކުޅޭށެވެ. ގެއްލޭނީ ވަގުތާއި ހަކަތައެވެ. ދަރަނި އޮންނަނީ ނުދެއްކިއެވެ. ކުރީ ސަރުކާރޭ ހުއްޓާ ނުލާ ކީމާ ކުރީ ސަރުކާރުގައި އުޅުނު މީހުން ދަރަނި އަދާކޮށްދޭނެ ހެއްޔެވެ. 

    ސިޔާސީ ބޯޅަޖަހަން ނޫޅެ އިހުލާސްތެރި މަސައްކަތެއް ކުރާކަށް އަދިވެސް ނުވޭހެއްޔެވެ. ރައްޔިތުންގެ ރުހުމާ ތާއީދު ހޯދަން މީޑިއާ ސްޓަންޓް ޖެއްސިޔަސް ކާކަކީ ކާކުކަން ދިވެހިންނަށް އެނގެއެވެ. ޖައްސާ މީޑިއާ ސްޓަންޓަކުން ގައުމުގެ ހާލަތު ބަދަލެއް ނުކުރެވެއެވެ. ހާލަތު ބަދަލުވާނީ އިހުލާސްތެރި ކަމާއެކު ކުރާ ތެދުވެރި މަސައްކަތުންނެވެ. 

    ދަރަނިވެރި ވުމުގައި ކުރީ ސަރުކާރުގައި އުޅުނު ބައެއްގެ ފަސަދައާއި ހިޔާނާތެއް އޮތްނަމަ މޫނަކަށް ކަނދުރާއަކަށް ނުބަލާ ތަހުގީގުކޮށް ޝަރީއަތްކޮށް ދޭންޖެހޭ އަދަބެއް ދީބަލާށެވެ. ހޯދަންޖެހޭ ފައިސާއެއް ހޯދާބަލާށެވެ. ތިން އިރު ކާބޭހެއްހެން މީޑިއާތަކަށް އަރާތިބެ އުޑުގަޖެހިފަ ބިމުގަޖެހުނަސް ވާނެ ކަމެއް ހަރާމުން ހަރާމެވެ. ކާޅުގޮވާހެން ރާގުރާގަށް ކުރީ ސަރުކާރޭ ގޮތްވަކަސް ރައްޔިތުންގެ ތާއީދު އިތުރުވެ ދަރަނި އަދައެއް ނުވާނެއެވެ. ދަރިން ސެންޓެއްވެސް ބޮލުން ނައްޓައެއް ނުލެވޭނެއެވެ.  

    ]]>
    Mon, 01 Jul 2024 17:12:55 +0500 ނިއުސް ޑެސްކް
    އެއްޖިންސުން ގުޅުން ހިންގުން މުއިއްޒު ހުއްދަކުރަނީތަ!! https://heerasnews.com/2573 https://heerasnews.com/2573 އެލްޖީބީޓީ ( ލެސްބިއަން، ގޭ، ބައިސެކްޝުއަލް، ޓްރާންސްޖެންޑަރ) މީހުންނަށް މަދަނީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލް އަގުވާމީ ޖަމާއަތްތައް މެދުވެރިކޮށް ކެނޑިނޭޅި ސަރުކާތަކަށް ސިދާ ގޮތުންނާއި ނުސީދާގޮތުން ޔޫރަޕާއި އިނގިރޭސީން ފައިސާ އޮއްސަމުންދެއެވެ. އެލްޖީބީޓީއަކީ ގާނޫނީކުށެއް ގެ ގޮތުގައި ބަލާ 70 ގައުމަކަށް އަމާޒުކޮށް އެލްޖީބީޓީ ޕްރަމޯޓްކުރުމަށް އިގިރޭސި ދައުލަތުން 2020 ވަނައަހަރު އެކަނިވެސް 5.47 މިލިޔަން ޕައުންޑް ހަރަދު ކުރިއެވެ. އިގިރޭސި ދައުލަތުގެ 2020ގެ ބޭރުގެ އެހީގެ 55 މިލިޔަން ޕައުންޑް ހާއްސަކުރެވިފައި އޮތީ އެލްޖީބީޓީ ހައްގު ކަށަވަރު ކުރުމަށެވެ.

    ބައިނަލްއަގުވާމީ މުޖުތަމައުގައި އެލްޖީބީޓީއަކީ ކުށެއް ނޫންކަމަށް ހުއްތާނުލާ މަސައްކަތް ކުރެވުނަސް އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ 67 ގައުމު ދުނިޔޭގައި އަދިވެސް އެބައޮތެވެ. އޭގެތެރެއިން 32 ގައުމު ހިމެނެނީ ކޮމަންވެލްތުގައެވެ. ކޮމަންވެލްތަކީ އިނގިރޭސި ވިލާތުގެ އަޅުވެތިކަމުން މިނިވަންވުމުންވެސް އިގިރޭސިވިލާތުގެ އުނގުތެރޭން ނިކުތަނުދީ އެގައުމުތައް ބަނދެލުމަށް އިގިރޭސީން އުފެއްދި ފިކުރުގެ އަޅުންގެ ޖަމާއަތެވެ. އިގިރޭސި ތަހުތަށް ދައުލަތުގެ އެންމެ މަތީވެރިކަން ދީގެންއުޅޭ ގައުމުތަކާއި އިނގިރޭސީންގެ ތައްޕާހުންއުޅޭ ގައުމުތަކުގެ ޖަމާއަތެވެ. އިނގިރޭސި ވިލާތުން ދުނިޔޭގައި ހަން ފަތުރަން ގެންގުޅޭ ޒަމާނީ ހަތިޔާރަކީ ކޮމަންވެލްތެވެ. 

    މިހާތަނަށް އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށް އެއްޖިންސުން އެންމެ ގިނަ ކައިވެނި ކޮށްފައިވަނީ ކޮމަންވެލްތުގެ ގައުމުތަކުގައެވެ. ހާއްސަކޮށް އިގިރޭސިތަހުތައް ދައުލަތުގެ އެންމެ އިސްވެރިކަން ދީގެން އުޅޭ ގައުމުތަކުގައެވެ. އެހެންކަމުން އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ 32 ގައުމު ކޮމަންވެލްތުގައި އޮތުމަކީ އިނގިރޭސި ވިލާތަށް ހަޖަމް ކުރެވޭކަމަކަށް ނުވެއެވެ. ގައުމުތަކުގެ ނިކަމެތިކަމުގެ ފައިދާ ނަގައިގެން އެލްޖީބީޓީ ޕްރަމޯޓްކުރުމަކީ އިނގިރޭސި ދައުލަތުގެ އަމާޒެވެ. މަގުސަދެވެ. 

    ސަމޯއާ އެގްރިމެންޓަކީ އެމަގްސަދުގައި ޔޫރަޕިއަން ޔޫނިއަނާގުޅިގެން އިގިރޭސީން އުފެއްދި އުފެއްދުމެކެވެ. ގައުމުތަކާ ޒުރޫރަތާ ގުޅުވައިގެން އެއްބާރުލުމާއި އެހީތެރިވުމުގެ ނަމުގައި އެކުލަވާލި ހަރަކާތެކެވެ. ޕެސިފިކާ އެފްރިކާއާއި ކެރިބިއަނާއި އިންޑިއަން އޯޝަނާއި އެފްރިކާގައި ހިމެނޭ ކުދި ފަގީރު ގައުމުތައް އެލްޖީބީޓީން ބަނދެލުމަށް ހިންގާ ހަރަކާތަކީ ސަމާއޯ އެގްރިމެންޓެވެ. ގައުމުތަކަށް ފައިސާއާއި އެހީއަށް ބޭނުން ޖެހިފައިވާ ދާއިރާތަކަށް އަމާޒުކޮށްގެން މާލީގޮތުންނާއި ފަންނީ ގޮތުން ސަމާއޯ އެގްރިމަންޓްގެ ދަށުން އެހީތައް ފޯރުކޮށްދެނީ އިންސާނީ ހައްގުގައި ޑިމޮކްރަސީގެ ނަމުގައި ކަންތައްތަކެއް ކުރުން ޝަރުތުކޮށްފައެވެ. އޭގެތެރޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ މާއްދާ ނިކަން ރަނގަޅަށް އެކިއެކި ޕްރޮގްރަމްގެ ތެރެއަށް އޮންނަނީ ވައްދާފައެވެ.

    ކިތަންމެ ނޫނެކޭ ބުންޏަސް ސަމޯއާ އެގްރީމެންޓްގެ ދަށުން އެހީ ހޯދަންޏާ ގައުމީ ގާނޫނުތަކުގައި ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އަންހެން ކުޅިއާއި ފިރިހެންކުޅިއާއި މަސްހުނި ޖިންސީގުޅުން ހިންގުމާއި ޖިންސު ބަދަލު ކުރުމަކީ ކުށެއް ނޫންކަމާއި އިންސާނީ ހައްގެއްކަމަށް މުޖުތަމައު ގަބޫލު ކުރުވަން މަސައްކަތް ކުރުވަންޖެހެއެވެ. އެންމެ ފަހުން އެ ހުރިހާ މުޑުދާރު އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރަން ޖެހެއެވެ. ދުނިޔޭގައި އެންމެ ގިނަ މީހުން އެ ދީން ތަކަށް އުޅޭ އިސްލާމް ދީނާއި ކުރިސްޓިއަން ދީނުގައިވެސް ބޮޑެތިކުށުގެ ގޮތުގައި ހިމެނޭ ކުށްތަކެއް އިމާމުންނާއި ފަދިރީން މަނާ ކޮށްކޮށް ތިއްބާ ހުއްދަކުރަން ލާޒިމު ކުރުވާނެއެވެ. 

    އެއް ޖިންސުން ގުޅުން ހިންގުމަކީ ވަލުޖަނަވާރު ވެސް ކޮށްއުޅޭ ކަމެއްނޫނެވެ. ބުއްދި ދެއްވި އިންސާނުން ވަލުޖަނަވާރަށް ވުރެވެސް ދަށުދަރަޖައަށް ވެއްޓެން ބާރުއަޅާ ޖަމާއަތަކާ ރާއްޖޭން ގުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. ފައިސާއައި އެހީ ކިތަންމެ ބޭނުންވިޔަސް ކުރަންވާނީ ކުރަންވާވަރުގެ ކަންކަމެވެ. ސަމޯއާ އެގްރިމެންޓްގައި ސޮއިކުރަން ޖެހޭނީ އެއްވެސް ރިޒަވޭޝަނަކާ ނުލައެވެ. މަގުސަދު ހާސިލް ނުވާގޮތަކަށް ބަޔަކު ކަމެއް ނުކުރާނެއެވެ. 

    ސަލަފުޅިޔަން ސަރުކާރަށް ލާދީނީ ވެވޭނީ މިހާކަށް ވަރަށެވެ. ފައިސާގެ ބޭނުމުގައި ޖިންސީ ގޮތުން ހަޑި މުޑުދާރު ފާފަތައް ހަލާލުކޮށް ހުއްދަކުރުމަށް މަސައްކަތްކުރާ ޖަމާއަތަކާ ގުޅުމަށް މަޖިލީހުންވެސް ރުހުން ދިނީއެވެ. މުޑުދާރު ހުރިހާ ޖިންސީ އަމަލެއް ކުށެއްގެ ގޮތުގައި އޮތްއޮތުން ބަދަލުމުެ މަސައްކަތް މުއިއްޒުފެށީއެވެ.ހަލަކު ހުއްޓެވެ. 

    ]]>
    Mon, 01 Jul 2024 13:27:41 +0500 ނިއުސް ޑެސްކް
    މުލިއާގެ މަރާމަތަށް 21 މިލިޔަން ތަޅާލީ ޖަވާހިރު ކޯދުލާއަރާތީ!؟ https://heerasnews.com/2572 https://heerasnews.com/2572 އެމްޑީޕީގެ ވެރިކަމުގައި އާމްދަނީ އިތުރުނުވާ ކޮރަޕްޓް މަޝްރޫތަކެއް ހިންގިކަމަށް އަޒާނަށް ފެނުމަކުން ހައިރާނެއް ނުވެއެވެ. އަޒާނަކީ އެމްޑީޕީގެ ވެރިކަމުގައި ދެހާސް ތިންހާސް އިންޑިއާ ސިފައިން ރާއްޖެ އަޅުވެތިކޮށްގެން އުޅުނިކޮށް ދުށް މީހާއެވެ. 

    ހެއްދެވިހާ ދޮގާ ވަގު ހަދައިގެން ވެރިކަން ހޯދާފައި ދަރަނި މެނޭޖްނުކުރެވުނީމާ އަޒާނުމެން ކިޔަން އޮންނާނީ ތިޔަހެންނެވެ. ކަނު މީހުންނަކަށް ތަންތަނެއް ނުފެންނާނެއެވެ. ބީރު މީހުނަށް އަޑެއް ނީވޭނެއެވެ. ސިޔާސީ ގޮތުން ބީރު ކަނު މީހުންގެ ތެރޭގައި އަޒާނު ހިމެނުމަކީ ކުރީ ސަރުކާރުގެ ކުށެއް ނޫނެވެ. 

    އަޖައިބެކެވެ. ގައުމު ދަރުވާލާފާ މީހަކު ނުބަޗައެވެ. ދައުލަތް ދަރާވިކެއްޖެއޭ މިކަމެއް ވާކަށްނެތޭ ހަވާލުވެދޭށޭ ކުރީސަރުކާރުން ބުނީ ހެއްޔެވެ. ނުބުނެއެވެ. ކުރީ ސަރުކާރުން ބުނަމުން އައީ ކޮވިޑްގެ އާލަމީ ވަބާގައިޖެހި ގައުމަށް އެރި ލޮޅުމުގެ ގެއްލުމުން އަރައިގަނެ ދަރަނިތައް މެނޭޖުކޮށް ހެދުމަށް ފުރުސަތު ދިނުމަށެވެ. އެއަޑެއް އޭރަކު ނޭހިއެވެ. އެކަމަކު ރައްޔިތުންގެ ތެރެއިން ބަޔަކު އެހީ ރޮއި ހޭރި އާދޭސްކޮށް ސަލާން ޖަހައިގެން ވެރިކަން ހޯދަން އުޅުނު މީހާގެ އަޑެވެ. ގައުމު ހަމަމަގަށް އެޅުވާނެ ކަމަށް ބުނެ ހެދި ދޮގުގެ އަޑެވެ. ވާނީ އެހެން ތާއެވެ. އަޒާނުމެން ދޮގުރެހުގެ ޖާދޫގައި ބަޔަކު ކަނުކޮށް ބީރުކޮށްލީއެވެ. 

    ކަދުރު ސިހުރުން ކަޅިކޮށް އާސަހަރާ ފަޅުކޮށްގެން ހެދި ޖާދޫގައި މީހުންޖެހި ހިންޏަށް ހަކުރު އޮޅުނީއެވެ. ކުރީ ސަރުކާރުން ގައުމު ދަރުވާލާފާ މުއިއްޒު ބޮލަށް ޖެހީއެއް ނޫނެވެ. ހުސްގޮނޑިއާއި ޖަލުގައި އޮތް ޔާމީނުގެ ފޮޓޯ ދައްކައިގެން ޔާމީނުގެ ބުރަކަށި މަތީން ވެރިކަން ފޭރިގަތީއެވެ. ރޯމާ ދުވާލު ހިންގި އެބޮޑު ޖަރީމާގެ ދޮގުވާރަކީ އަޒާނެވެ. އަޒާނަށް އަޒާނު އޮޅުނަސް ދިވެހިންނަކަށް އަޒާނެއް ނޯޅެއެވެ.

    ރަށްރަށުގެ ގެދަބުޅި އިންޖީނުގެތަކުން ވައިނުސާފު ކުރިއެވެ. ކަންފަތްތައް ބީރުކޮށް ފެންވަޅުތައް ތަގައްޔަރު ކުރިއެވެ. ރަށްރަށުގެ ރައްޔިތުންނަށްވާ އެއުދަގުލާ ތުރާ ހުއްޓުވާ އަވަށާދުރުގައި ޒަމާނީ ފެންވަރަށް އިންޖީނުގެތައް ކުރީ ސަރުކާރުން އަޅާ އެތަންތަނުން ރަނގަޅުފެންވަރުގައި ކަރަންޓް ހިދުމަތް ދިނުން މުއިއްޒަށާއި އަޒާނަށްވީ އާމްދަނީ ނުލީބޭ އިސްރާފަށެވެ. ރަށްރަށުގެ ފެނާއި ނަރުދަމާ އެޅުންވެސްވީ އިސްރާފަށެވެ. ރަށްރަށުގެ ލަފާފުރުން ފަސޭހަކޮށްދީ ބަދަރުތައް ހަދާ މަގުތައް ހަދާ ގޮނޑުދޮށް ހިމާޔަތް ކުރުންވެސް މުއިއްޒުމެނަށް ވެފައި އޮތީ އިސްރާފަކަށެވެ. އާމްދަނި ނުލީބޭގޮތަށް ދައުލަތުން ކުރި ބޭކާރު ހަރަދަކަށެވެ. ވަގުތުން ސަވާބު ލިބޭތަން ނުފެންނާތީ ފަސްވަގުތު ނަމާދު ކުރުމަކީވެސް ބޭކާރު ކަމެކޭ މިބައިގަނޑު ފަހަރުގައި ބުނެފާނެއެވެ. 

    ނިކަން ބުނެ ބަލާށެވެ. އަތްނުފޯރާ ވަރަށް ދަރަނިވެރި ދައުލަތަކާ ހަވާލުވެގެން ހަތް މަސްވަންދެން ދައުލަތް ލޫޓުވީވެސް ކުރީގެ ސަރުކާރުން ހެއްޔެވެ. ރިޒާވްގައި މަސް ދުވަހުގެ ކާޑު ގަނެވޭނެ ވަރުނެތަސް ކަނޑުއަޑީ ޓަނަލް އަޅާ، ކަނޑުމަތީ ރޭލުއަޅާ، ފްލޯޓިންގ އެއަރޕޯޓް އަޅަން ވައުދުވީ އަތްފޯރާ ދިގުވެގެން ހެއްޔެވެ. އަތްނުފޯރާ ވަރަށް ދަރަނިވެރި ދައުލަތަކާ ހަވާލުވެގެން 140 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ވަޒީރުން ދުއްވަން ކާރުގަތީ ކިހާވަރެއްގެ އާމްދަނީ ލިބޭ ކަމަކަށް ވެގެން ހެއްޔެވެ. ސިޔާސީންގެ މުސާރައަށް 900 މިލިޔަން މިވީ ކުޑަ ދުވަސްކޮޅު ހޭދަކޮށްލުމަކީ އާމްދަނީކިހާ ވަރަކަށް ލިބޭނެ ކަމެއްހެއްޔެވެ. އަސްކަރީ ޑްރޯނަށް 500މިލޔަން ދުއްވާލީ ކިހާ އާމްދަނީއެއް ލިބޭތީހެއްޔެވެ. އީދު ބޮތްކަށް ފަންސާސް މިލިޔަނާއި މުލިޔާގެއާއި ހިލަލީގެއަށް މަރާމާތަށޭ ކިޔާ 36 މިލިޔަން ތަޅަލައިގެން ހުރީ އެތަންތަނުން ކޯދުލާ ޖަވާހިރު ކެކިއަރާތީ ހެއްޔެވެ.     

    އަޒާނެއްކަމަކު ތިޔަ ދައްކަނީ މާ ތާހިރު ވާހަކައެއް ނޫނެވެ. އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ ދަރަނި އިތުރުކޮށް އާމްދަނީ އިތުރުނުވާ ފަދަ ކޮރަޕްޓް މަޝްރޫތަކެއް ހިންގި މަންޒަރު ފެނުނީ ހަމަ އެކަނި އަޒާން ކަހަލަ ބޮޑެތި ދޮގުވެރިންނަށެވެ. ރަށްރަށުގެ ރައްޔިތުން ތިބީ އުފަލުންނެވެ.  

    ]]>
    Sun, 30 Jun 2024 12:59:06 +0500 ނިއުސް ޑެސްކް
    ދަރިލައްވާނީ ތަންމައްޗަށް & އެބޯޝަނުންވެސް ވެއްޓޭކަށްނެތް https://heerasnews.com/2571 https://heerasnews.com/2571 ކައިވެނިކުރީ ހަށި ހުއްދަ ކަން ޔަގީން ކޮށްފައެވެ. ކައިވެންޏަށް ހަތްމަސް ވީފަހުން އިނީ ބަލިވެކަން ޔަގީން ވެއްޖެއެވެ. ކައިވެންޏަށް ހަތް މަހަކަސް ބަޑަށް ހަތް މަހަށްވުރެ ގިނަވެއްޖެ ކަމަށް ބޭކެނބިން ބުނެއެވެ. ކަމަކު ދާކަށް ނެތެވެ. ފިރިމީހާ ދަރިޔާ ހަވާލެއް ނުވިއެވެ. ބަނޑުގައި އޮތް ދަރި ފިރިމީހާ އަޅުވަނީ ކުރީގެ ފިރިމީހާ ބޮލުގައެވެ. 

    ފަހުގެ ކައިވެނިކުރީ ހަށިހުއްދައޭ ކިޔައިގެންވީމާ ކުރިން އެއްދާންކުރި ކުރީގެ ފިރިމީހާވެސް ދަރިއަކާ ހަވާލެއް ނުވިއެވެ. އެހެން މީހަކާ އިނދެ ކައިވަންޏަށް ހަތް މަސް ވީފަހުން ކުރީގެ ފިރިމީހާ ބޮލުގައި ދަރި އަޅުވަން އުޅުނަކަސް ހަމަހޭގައި ހުރެ އޭނާ ދަރިއާ ހަވާލެއް ނުވަނެތާއެވެ. ބަލިވެ އިންކަން އެނގެންވާނީ ކައިވަންޏަށް ހަތް މަސް ވާފަހަކުން ނޫންތާއެވެ. 

    ކައިވަންޏަށް ހަތް މަސް ވާފަހުން ވިހާދަރި ލައްވަނީ ތަންމައްޗަށެވެ. ހަތްމަސް ވަންދެން ކައިވެނިކޮށްގެން ރޭކުރަމުންދާ ފިރިމީހާއަށެވެ. ފިރިމީހާ ދަރިޔާ ހަވާލުނުވާން އެބޯޝަން ހެއްޖަސް ދަރިވެއްޓޭކަށް ވެސްނެތެވެ. އެބޯޝަނަކުން ވައްޓާލެވޭ ވަރަށްވުރެ މާބަނޑަށް ގިނަ ދުވަސްވެއްޖެއެވެ.

    އޮތްހާވެސް ގޮތަކީ ދަރި ވިއްސުމެވެ. މީހަކާ އިނދެ ކައިވެންޏަށް ހަތްމަސް ފުރެފައިވާތީ ފިރިމީހާ ކިތަންމެ ނުރުހުނަސް ބޮލުން ދަރި ނައްޓާލެވޭކަށް ނެތެވެ. ރުހުނަސް ނުރުހުނަސް ދަރި ލައްވާނީ ތަންމައްޗަށެވެ. ވަކި މީހަކަށް ނުލައްވާ ރަށްމެދު ދަރިއަކަށް ވީހީވެސް އިނދެގެން މީހަކު ނެތް ނަމަތާއެވެ. އެހެން ނޫނީ އޮތްގޮތަކީ ލިއާނުކުރުމެވެ.

    ލިޔާނު ކޮށްފިނަމަ ރޫޅޭނީ ކައިވެންޏެވެ. ލިޔާނުން ރޫޅޭ ކައިވެނިގައި ހިމެނޭ ދެމީހުނަށް އަބަދުގެ އަބަދަށް ކައިވެނި ވާނީ ހަރާމެވެ. ދަރިއާ ހަވަލުވާން ބޭނުން ނެތަސް ކައިވެނި ރޫޅޭކަށްވެސް ބޭނުމެއް ނޫނެވެ. ދައްޔޫސް ހެދިގެންވެސް ބޭނުންވަނީ ކައިވެނި މަތީ ދެމިހުންނާށެވެ.

    ހަމަތެދެކެވެ. މުއިއްޒު ސަރުކާރުގެ ދަރަންޏެކޭ ހަވާލުނުވާން އުޅޭ ދަރިއެކޭ ތަފާތެއް ނެތެވެ. ދަރަނި ބޮޑުވެ ހިތިބޭސް ބޯންޖެހިއްޖެކަން އެނގެނީ ކުޅޭނެ ނާޗަރަންގީއެއް ކުޅެ ވެރިކަމަށް ހަތްމަސް ވީފަހުންނެވެ. ދެން މިގޮވަނީ މަށެއް ނޫނެވެ. ކުރީގެ ސަރުކާރެވެ.      

    ]]>
    Sun, 30 Jun 2024 10:40:00 +0500 ނިއުސް ޑެސްކް
    ލޯނު ނަގައިގެން އެމްޑީޕީ ސަރުކާރުން ކުރީކީއް! https://heerasnews.com/2570 https://heerasnews.com/2570 ދުނިޔޭގެ ރޭޓިންގ އެޖެންސީތަކަށާއި އިންވެސްޓަރުންނަށް އެމްޑީޕީ ސަރުކާރަށް އިތުބާރުއޮތެވެ. ޕިޗާއި މޫޑީސް ފަދަ ރޭޓީންގ އެޖެންސީތަކުން ރާއްޖެ ރޭޓްކޮށްފައި އޮތީ ބީމައިނަސްގައެވެ. އެހެންނަމަވެސް މުއިއްޒު ސަރުކާރުގެ 7 މަހުގެތެރޭގައި ރޭޓިންގ ދަށްވެގެން ގޮސް ބަނގުރޫޓްވުމުގެ ސިގްނަލް އެއޮތީ ދީފައެވެ. 

    ރާއްޖެ މިހާލަތަށް ވައްޓާލީ އެމްޑީޕީ ސަރުކާރުން ކަމަށްބުނެ މުއިއްޒު ސަރުކާރުން ރައްޔިތުންނަށް ވިސްނާދޭން ހޭނުބަހައްޓާ މަސައްކަތް ކުރަމުން ދަނީއެވެ. އެހެން ނަމަވެސް ހަގީގަތަކީ ކޮބައިކަން އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު ވަރަށްވެސް ތަފްސީލްކޮށް ދެއްވައިފިއެވެ. އެމްޑީޕީ ސަރުކާރުން ލޯނު ނަގަން ޖެހުނީ އެނޫން ގޮތެއް ނެތިގެންނެވެ. ރާއްޖެއަށް ލޯނު ނަގައިގެން ކުރީ ކީއްކަން ވަރަށް ވަރަށް ބޮޑަށް ސާފުކޮށް ދެއްވައިފިއެވެ. 

    އެމްޑީޕީން ރާއްޖޭގެ ކްރެޑިޓް ރޭޓިން ބޭރުގެ އިދާރާތައް ގަބޫލުކުރާ ފެންވަރުގައި ދެމެހެއްޓިއެވެ. ކޮވިޑަށް ފަހު އެންމެ އަވަހަށް އިގުތިސޯދު ކުރިއެރި ދިހަ ގައުމުން އެއް ގައުމަށް ރާއްޖެ ވެގެންދިޔައެވެ. 

    އެމްޑީޕީ ވެރިކަށް އައި އިރު ރައީސް ޔާމީންގެ ވެރިކަމުން ވާރުތަކުރި ދަރަނީގެ ތެރެއިން ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ދަރަނި ދެއްކިއެވެ. ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އައި އިރު ރާއްޖޭގެ ދަރަންޏަށް އޮތް އެންމެ ބޮޑު ދަރަނީގެ ހިރާހަކީ ސަނީ ސައިޑް ބޮންޑެވެ. 2022 ވަނަ އަހަރު ދައްކަން ޖެހުނު ސަނީ ސައިޑް ބޮންޑު ރީފައިނޭންސް ކުރިއެވެ.

    ހަގީގަތަކީ ކޮވިޑްގެ ބަލިމަޑު ކަމާއެކު އެމްޑީޕީ ވެރިކަމުގެ ފަސް އަހަރު ތެރޭ 24 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރިއެވެ. 

    ސަރުކާރުން ނެގިލޯނުތައް މެނޭޖުކުރިގޮތް: 

    • ކޮވިޑު މެނޭޖު ކުރުމަށް - 19 ބިލިއަން ރުފިޔާ
    • ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް - 13.2 ބިލިއަން ރުފިޔާ
    • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް - 6.9 ބިލިއަން ރުފިޔާ
    • ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް - 5.7 ބިލިއަން ރުފިޔާ
    • ޔާމީން ސަރުކާރުން ނެގި 250 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުމަށް - 3.9 ބިލިއަން ރުފިޔާ
    • ތިލަމާލެ ބްރިޖު, ވޭސްޓް މެނޭޖުމަންޓު އަދި ގުޅީފަޅު ހިއްކަން - 2.5 ބިލިއަން ރުފިޔާ
    • ފަހި ދިރިއުޅުން ކޯޕަރޭޝަންގެ 4,000 ހައުސިން ޔުނިޓު - 1.9 ބިލިއަން ރުފިޔާ
    • ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓު - 1.7 ބިލިއަން ރުފިޔާ
    ]]>
    Sat, 29 Jun 2024 19:15:32 +0500 ނިއުސް ޑެސްކް
    މުއިއްޒު ދައުލަތް ހުސްކޮށް އާއްމުމީހާގެ ޖީބުކަނޑަން ނިކުތުން https://heerasnews.com/2569 https://heerasnews.com/2569 ދައުލަތަށް އާމްދަނީ ހޯދަން ރައްޔިތުންގެ ޖީބުކެނޑުން ނޫން ވިސްނުމެއް މިސަރުކާރުގައި ނެތެވެ. ސަރުކާރުގެ ހުރިހާވެސް ވިސްނުމަކީ އާއްމު ރައްޔިތުންފެލުމެވެ. އެންމެ އަވަހަށް އެންމެ ރަނގަޅަށް ފެލާލެވެނީ ކޮންގޮތަކުންތޯ ބަލައިގެން ކައްވާލުމެވެ. ދައުލަތުން ރައްޔިތު މީހާއަށް ކޮށްދޭ ކަމެއްނެތި ރައްޔިތުންގެ ފޮށިފަޅައިގެން ފައިސާ ހޯދުމަކީ ސަރުކާރުގެ މުޅި ވިސްނުމެވެ.

    ސަރުކާރުން މިހާރު ދިމާކޮށްފައި އެތިބީ މުދަލާ ހިދުމަތުން ޓެކްސް ބޮޑުކުރުމަށެވެ. ކަރަންޓާއި ފެނުގެ ސަބްސިޑީ ކަނޑާލުމަށެވެ. ތެލުގެ ސަބްސިޑީ ކެނޑުމަށެވެ. ބުރިޖުން ކުރާ ދަތުރަށް އަގުނެގުމަވެ. އާސަންދައަށް ފައިސާ ނެގުމަށެވެ. މަސް ގަންނަ އަގު ދަށްކުރުމަށެވެ. ޓޯކޮށްގެން ދުއްވާ އެއްޗެތިން ބޮޑެތި ޖުރުމަނާ ނެގުމަށެވެ. ޒާތްޒާތުގެ ރިޕޯޓް ނުފޮނުވާ މަޅީގައި ޖައްސައިގެން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުން ބޮޑެތި ޖުރރުމަނާތައް ކުރުމަށެވެ. މީހެއްގެ ޖީބުގައި ފައިސާ ފޮއްޗެއް އޮތަނުދީ ކައްވާލެވެން އޮތް ގޮތެއް ހޯދައިގެން ސަރުކާރަށް ކައްވާލުމަށެވެ. 

    ކުރީ ސަރުކާރުން ގައުމު ދަރުވާލައިފިޔޭ ކިޔައިގެން ރައްޔިތުންނަށް ހިތިބޭސް ބޯންދޭން މުއިއްޒު ދިމާކުރީއެވެ. އެއްވެސް އާމްދަނީއެއް ހޯދަން އެއްވެސް މަސައްކަތެއް ނުކޮށެވެ. ވެރިކަމަށް އެރިގޮތަށް އަރާ ހަތް މަސްވަންދެން ދައުލަތް ދަވާލުމުން ގޮތް ހުސްވީއެވެ. ވެރިކަމަށް އެރި ގޮތަށް އަރާ މުޅިދައުލަތް ދަވާލީއެވެ. އެއްވެސް އާމްދަނީއެއް ލިބެންނެތް ކަންކަމަށް ބިލިޔަނުން ހަރަދުކޮށް ހުސްކޮށްލީއެވެ. އެންމެ ލޯލާރިއެއް ވެސް ލިބެންނެތް އެތައްކަމަކަށް ބިލިޔަނުން ހަރަދުކުރީއެވެ. އެހަރަދުތައް އެގޮތަށް ނުކޮށްވާން އޮއްވާ ކުރި ބައެއް ކަންކަން ހަދާން ކޮށްލަމެވެ. 

    • ހުވާކުރުމުގެ ދަރުބާރަށް 26 މިލިޔަން ރުފިޔާ ބާދަނގަޑަށް ހަދާލިއެވެ. 
    • މުލިޔާގެ އަޕްގްރޭޑް ކުރަން 21 މިލިޔަން ރުފިޔާ ބޭކާރުކޮށްލައިފިއެވެ.
    • ހިލާލީގެ އަޕްގްރޭޑް ކުރަން 15 މިލިޔަން ރުފިޔާ ހޭދަކޮށްފިއެވެ.
    • ވަޒީރުންނަށް ޒަމާނީ 20 ކާރު ގަތުމަށް 140 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
    • ކަޅުއޮއްފުންމި ނަމޫނާ ދެއްކުމަށް 3 މިލިޔަން ހޭދަކުރިއެވެ.
    • ބޮޑު ފާލަން ސަގާފަތަށް ފައްތަން 11 މިލިޔަން ރުފިޔާ ބޭކާރު ކޮށްލަނީއެވެ.
    • ޑްރޯން ގަތުމަށް 500 މިލިޔަން ރުފިޔާ އިސްރާފުކޮށްލިއެވެ.
    • އީދު ބޮކި ދިއްލަން 50 ލިޔަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ކުރިއެވެ.
    • ސިޔާސީ މުއައްޒަފުންގެ މުސާރައަށް 900 މިލިޔަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.
    • އެކިމުނާސަބަތުގައި ހަވާ އެރުވުމަށް 50 މިލިޔަން ރުފިޔާ ބަޑިބޭހަށް އަންދާލާފައިވެއެވެ.
    • ވެރިންގެ ދަތުރުފަތުރަށް 200 މިލިޔަން ރުފިޔާ ތަޅާލައިފިއެވެ. 

    ހަނދާނަށް މިގެނަސްދިނީ އާއްމު މައުރިފާއިން އެންމެންމެ ދަންނަ ވާހަކަ ތަކެކެވެ. އެކިފަހަރު އަޑުއިވި ނޫސްތަކުން ކިޔާފައިވާ ވާހަކަތަކެވެ. މުއިއްޒު ވެރިކަމުގައި މިހޭދަވި ހަތް މަސްތެރޭގައި އެހޭދަ އެވަރަށް ނުކޮށްވެސް ފަރުޖެއްސެން އޮތެވެ. ވެރިކަން ލިބުމުން ހީވީ ގުއިނުދެކޭ ކާޅަށް ގުއިފެނުނުހެންނެވެ. ވެރިކަމަށް 7 މަސްނުވެ ތިންހަތަރު ބިލިޔަން ރުފިޔާ އިސްރާފުކޮށްލި ބަޔަކު ފަސާދަޔާ ކިރަޕްޝަންގެ ތެރެއިން މިވީ ކުޑަ ދުވަސްކޮޅު ދައުލަތް ދަވާލާނެ ވަރު ހިތައްވެސް ނުގެނެވެއެވެ. 

    ދަރަނީގެ ބޮޑު އަދަދެއް ރައްޔިތުންނަށް ދައްކައިގެން އާއްމު ރައްޔިތުންގެ ޖީބުކަނޑަން ދިމާމިކުރީ ފައިސާ ނަގަން ހުރި ހުރިހާ ވަޅެއް ހުސްކޮށްފައެވެ. ދެބިލު ރަތް ނުވަނީސް ކަރަންޓް ބިލް ނުދެއްކޭ ނިކަމެތީންގެ ސަބްސިޑީ ކަޑާލައިގެން ސަރުކާރަށް ފެލަން މިއުޅެނީ ކޮން ފައިސާއެއް ހެއްޔެވެ.    

    ]]>
    Sat, 29 Jun 2024 16:28:49 +0500 ނިއުސް ޑެސްކް
    މުހައްމަދު އަމީނާއި މުހައްމަދު ނަޝީދަށް ފަހު މުހައްމަދު މުއިއްޒު!؟؟ https://heerasnews.com/2568 https://heerasnews.com/2568 ވާވަރަށް ކަންކަން ކުރެވޭ ވަރަށް ކޮންމެ މަހަކު ސަރުކާރަށް ފައިސާ ވަންނަކަމަށް ދުވަސްކޮޅެއް ކުރީން ރައީސް މުއިއްޒު ވިދާޅުވެފާވެއެވެ. މުއިއްޒު ވިދާޅުވި ގޮތުން އެއްވެސް ދަތިކަމެއް ސަރުކާރު ހިންގުމަކަށް ނެތެވެ. ދައްކަންހުރި ލޯނުތަކަށް ދައްކަން ހުރި ފައިސާ ދެއްކޭނެ ގޮތަށް ފަހިވެފައި ހުރިކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑެތި ލޯނުތަކަށް ފައިސާ ދެއްކޭނެ ގޮތް ރަހުމަތްތެރި އެކި ދިމަދިމާލުން ހަމަޖެހިފައި ހުރިކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

    އެހެންކަމަށް ވާނަމަ ސަރުކާރުން މިހާރު މިދައްކަނީ ކޮންވާހަކައެއް ހެއްޔެވެ. ހުރިހާ ކަމެއް ބަރާބަރަށް ހަމަޖެހެންހުރެ ރައްޔިތުންނަށް ހިތިބޭސް ބޯން ޖައްސަން މިއުޅެނީ ކީއްވެހެއްޔެވެ. ޓެކްސް ބޮޑުކޮށް ސަބްސިޑީ ކަނޑާލާ މުއައްޒަފުން މަދުކޮށް މުނާސަބަތުތައް ފާހަގަ ކުރުން ހުއްޓާލުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މިއުޅެނީ ކީއްވެހެއްޔެވެ. ރައްޔިތުންގެ ޖީބުތައް ފުރެބާރުވެ ދައުލަތުން ކަމެއް ކޮށްދޭން ނުޖެހޭ ވަރަށް މުއްސަނދިވީހެއްޔެވެ. 

    އެނގޭ ކަމަކީ ކޮންމެސް ކަމެއްވެއްޖެ ކަމެވެ. ވެރިކަން ލިބުމުން ލިބޭނެ ކަމަށް ހީކުރި އެކައްޗެއްވެސް ނުލިބުނީއެވެ. ބޭނުން ވަރަކަށް އެހީއާއި ހިލޭ ޕްރޮޖެކްޓްތައް އޮއްސާލާނެ ކަމަށް ހީކޮށް ދައުލަތުގައި ހުރި ފައިސާ ކޮޅުވެސް ހަނީމޫނު ޕީރިއަޑްގައި ތަޅާ ބުރުއްސާލެވުނީއެވެ. 

    ތުރުކީން ކާޑެއް ނުލިބުނެވެ. ޕަކިސްތާނުން އަލުއްވާއި ބިހާއި ފިޔާ ނުލިބުނެވެ. ޗައިނާއިން ފައިސާ ކޮންޓޭނަރުތަކެއް ނުފޮނުވިއެވެ. ކުރީގެ މެގަ ޕްރޮޖެކްޓް ތަކުގެ ލޯނު ރިސްޓްރަކްޗަރކޮށެއް ނުދިނެވެ. އަރަބިން ކައިގެން ތިއްބަސް ދިވެހިންނަކަށް ކާކަށް ނުދިނެވެ. އިންޑިއާގެ ބޮއިކޮޓާއި އިޒްރޭލް ބޭނާއި ގުޅިގެން ޓޫރިޒަމް ބަނޑު ބިންމަތީ ޖަހައިފިއެވެ. އިސްތިގުލާލުގެ ފަލަރޮނގުން އިންޑިއާގެ ބެކްޔާޑް ވަކިކޮށްގެން އެރުވި ފޮނުން އިންޑިއާއިން އަޅާކަހާވެސް ނުލިއެވެ. ދިވެހިންނަށް ގެރިގޮރު ދޭކަށް އެމީހުންވެސް ބޭނުމެއް ނުވާނެތާއެވެ. 

    އެކަމަކު ބުނަން ހެއްޔެވެ. ކޮންމެ ކަމެއްގައި ރައީސް މުއިއްޒު އުނބަށް ޖައްސަވާތަން ބަލަން އަބަދަކު އެންމެނަކު ނުތިބޭނެއެވެ. ބައެއް ފަހަރު އެންމެންވެސް މޮޔަހެއްދެއެވެ. އެކަމަކު އަބަދަކު އެންމެނަކު މޮޔައެއް ނުހެއްދޭނެއެވެ. އަނގަޔާ އަތާ ދިމާނުވީމާ އިންސާނުންނެއް ކަމަކު ބުއްދިފަސްވެއެވެ. މުހައްމަދު އަމީނާއި މުހައްމަދު ނަޝީދުގެ ފަހަށް މުހައްމަދު މުއިއްޒު ލިޔަން ދިވެހިންނަށް ނުޖައްސާށެވެ. 

    ]]>
    Fri, 28 Jun 2024 18:41:44 +0500 ނިއުސް ޑެސްކް
    މުއިއްޒު ބޮލަށް ދައުލަތްޖެހީ ކުރީ ސަރުކާރަކުންނޫން! https://heerasnews.com/2567 https://heerasnews.com/2567 އެެއްވެރިކަމުން އަނެއް ވެރިކަމަށް ދަރަނި ވާރުތަނުވެ ސާފު ފައިދާގައި ވެރިކަމެއް ރާއްޖޭގައި ބަދަލުވީ ކޮން އިރަކުހެއްޔެވެ. ރައީސް ނާސިރުގެ ވެރިކަންނިމި ރައީސް މައުމޫނު ވެރިކަމާ ހަވާލުވެ ވަޑައިގެން އިރުވެސް ރާއްޖޭގައި ދަރަނި އޮތެވެ. ލޯނާއި ބަޖެޓް ސަޕޯޓާއި ޓީ ބިލާއި ޓީ ބޮންޑުން އަރައިގެން ވެރިކަމެއް ދިވެހިން ނުދެކެއެވެ.

    ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރަން އުޅުނު އިރު އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީވެސް ދަރަނީގެ ވާހަކައެވެ. ރައީސް ނަޝީދު ވެރިކަން ވައްޓާލުމުގެ އެއް ސަބަބަކަށް ދަރަނިވުމެވެ. ރައީސް ޑރ. ވަހީދުގެ ވެރިކަމުގައިވެސް ގައުމުގެ ދަރަނީ ވީ އިތުރެވެ. ރައީސް ޔާމީނު ވެރިކަން ކުރެއްވީ ދުނިޔޭގެ އިގްތިސާދު ފަހުގެ ތާރީހުގައި އެންމެ ފަހި ދުވަސްވަރުއެވެ. ރައީސް ޔާމީނު ވެރިކަން ނިމުނު އިރުވެސް އަތްގުޅި ނުކާވަރުގެ ބޮޑު ދަރަންޏެއް އޮތެވެ.

    ރައީސް ސޯލިހުގެ ވެރިކަމަށް ވާރުތަކުރި ދައުލަތުގެ ދަރަނިތައް އޮއްވާ ދުނިޔެއާ ކުރިމަތިލީ ކޮވިޑް19ގެ އާލަމީ ވަބާއެވެ. މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓި ރައްޔިތުންގެ ފުރަނަ ސަލާމަތް ކުރަންޖެހޭ ކަމެއް ނޫނީ މުޅިދުނިޔޭގައި އެއްވެސް ބަޔަކު ނުކުރެއެވެ. ދެއަހަރު ވަންދެން ދުނިޠެގެ އެކްސްޕޯޓް އިންޕޯޓް ހުއްޓިފައެވެ. އެއްތަނުން އަނެއްތަނަށް މީހުން ދަތުރު ފަތުރުކޮށެއް ނޫޅެއެވެ. 

    ރާއްޖޭގެ މައިގަނޑަ އިގްތިސާދަކީ ފަތުރުވެރިކަމެވެ. ދެން އޮތީ މަސްވެރި ކަމެވެ. ފަތުރުވެރިންނަކަށް ނާދެވެއެވެ. ބާނާ މަހެއް ބޭރެއް ނުކުރެވެއެވެ. ކޮވިޑްގެ ވަބާގައި އާމްދަނީ ނުލިބެ ރައްޔިތުން ބަނޑަށް ނުޖައްސާ އާއްމު ހާލަތުގައި ރާއްޖޭ ބޭއްވޭތޯ ގަދައަޅާ ކުރި މަސައްކަތުން ރައްޔިތުންނަށް ބަނޑުހައި ހޫނުކަމެއް ތަހައްމަލު ކުރާކަށް ނުޖެހުނެވެ. ސަރުކާރު މުއައްޒަފުން ގޭގައި ބައިތއްބައިގެން މުސާރަދިނެވެ. ސަރުކާރުގެ އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަތްކެއް ނުކުރެއެވެ. އާއްމުންގެ އެތައް ބަޔަކު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓުމުން އެމީހުނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނެވެ. 

    ކޮވިޑްގައި މަރުވަ މީހުންގެ އަދަދު މަދުކުރުމަށް ސިއްހީ ދައިރާއަށް އެތައް މިލިޔަން ރުފިޔާއެއް ހޭދަކުރިއެވެ. ސިއްހީ އެހީތެރިންނާއި ބަލިމީހުން އެކަހެރިކޮށް ހިދުމަތް ދިނުމަށް އެތައް މިލިޔަން ހޭދަން ކުރުން ޖެހުނެވެ. އެއްވެސް އާމްދަނީއެއް ނުލިބި ރައްޔިތުން ކޮވިޑްގެ ވަބާއިން އަރައިގަތުމަށް ކުރެވުނު ކަންކަމަކީ ނުކުރާ ކަންކަމެއް ނޫނެވެ. ނުހިނގާ ހަރަދެއް ނޫނެވެ. ގިނަބަޔަކަށް ކޮވިޑްގެ ދަތިކަން އިހުސާސް ނުވީ ރޭވުންތެރިކަމާއި އެކު ތަރުތީބަކުން ސަރުކާރަކުން ރަނގަޅަށް ކަންތައް ތަކެއް ކުރުމުގެ ނަތީޖާއެވެ. މުޅި ދުނިޔޭގައި އެންމެ ރަނގަޅަށް ކޮވިޑް މެނޭޖްކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިޔައީ ވެރިއެއްގެ ހުޝިޔާރު ކަމުންނެވެ. އެހެނެއް ކަމަކު ޝުކުރުވެރި ނުވަތާ އެކަން ހަނދާން ހުރި ކަމަކަށްވެސް މިހަރަކު ނުވެއެވެ. 

    ނުލިބޭ ލާރީގައި ދެއަހަރު ވަންދެން ދައުލަތެއް ހިންގަން ޖެހުމުން ދަރަނި ނުނަގާ ދައުލަތް މެނޭޖުކުރެވޭ ވަރުގެ އުފެއްދުންތެރިކަމެއް އޮތް ގައުމަކަށް ރާއްޖެނުވެއެވެ. ކޮވިޑާއެކު ރައްޔިތުންގެ ޑީމާންޑްތަކަށް ކޭޓަރ ކުރުމަށް ދަރނި ނުނަގާ ހިންގޭވަރުގެ ދައުލަތަކަށް ދިވެހި ދައުލަތް ނުވެއެވެ. ގައުމު ބަނގުރޫޓުނުކޮށް ދަރަނި މެނޭޖްކޮށް ދަރަނި އަދާކުރުމުގެ ގާބިލުކަން އެމްޑީޕީ ސަރުކާރުގައި އޮތެވެ. ގައުމު މެނޭޖު ނުކުރެވިގެން މުއިއްޒު ބޮލަށް ދައުލަތް ޖަހާފައި އެމްޑީޕީއެއް ނުދެއެވެ. 

    މާކަންވާމީހަކަށް ހެދިގެން ރޮއި އާދޭސްކޮށް ދެފައިތަޅާ ދެއްކި ދޮގު ހުވަފެންތަކުގައި ރައްޔިތުންގެ ބަޔަކު ޖެހި މުއިއްޒަށް ވެރިކަން ދިނީއެވެ. ވެރިކަން ލިބުމުން ދުނިޔެ ރަންވެގެން ތެޅެގަތީ ދޮން ހަސަނަށް އަމާފެނިގެން އުޅުނު ހެންނެވެ. ގައުމު އޮތް ހާލަތެއް ބޯމަތީގައި އޮތް ދަރަންޏެއްގެ މަތިން ހަނދާނެއް ނެތެވެ. އެންމެ އެހީތެރި ގައުމާ ޖެހިފިތި ބާރުވެގަތީއެވެ. ބަޔަކު އެއްޗެއް ދޭނަމޭ ބުނާއިރަށް އެއީ ޖީުގައި އޮތް އެއްޗެއް ކަމަށް ބަލައިގެން ހުރިއްޔާ ހުރި އެއްޗެއް ތަޅާ ބުރުއްސާލީއެވެ. އެންމެ ފަހުން މާ ކަނޑުގައި ދިޔަތައް ހަލާ ދެކޮޅުން ރާޅު އަރުވަން ފެށީއެވެ. ރޯމާދުވާލު މުއިއްޒު ބޮލާފޮށާއެޅި ބަރަހަނަވަނީއެވެ. މަތްކަލާކޯއެވެ. ކުރީ ސަރުކާރޭ ނުކިޔާ ދެންވެސް އަވަަހަށް ފައިބާށެވެ.  

    ]]>
    Fri, 28 Jun 2024 15:26:28 +0500 ނިއުސް ޑެސްކް
    ގޯތާބޭ ދިޔަމަގުން ދިޔުމުގެ ކުރީން މުއިއްޒު އަވަހަށްފައިބާ! https://heerasnews.com/2566 https://heerasnews.com/2566 މުއިއްޒު ވެރިކަމަށް އެރީ ދޮގު ވައުދުތައް މަތިމައްޗަށް ވަމުންނެވެ. ދިވެހިރައްޔިތުން ގޮވައިގެން މުއިއްޒު ނުދާހިސާބެއް ނެތެވެ. އެމްޑީޕީ ވެރިކަމުގައި ގައުމު އޮތީ ދަރުވާލާ ދަރަނިން ބޯހިކެން ނެތްވަރު ކޮށްލާފައި ކަމަށް މުއިއްޒު ބުންޏެވެ. ކިތަންމެ ބޮޑަށް ގައުމު ދަރުވާލައިފައި އޮތަސް ގައުމުނަގާ ކޮޅަށް ޖެހުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ. ހިތިބޭހެއް ބޯން ރައްޔިތުންނަށް ނުޖައްސާނެ ކަމަށް މުއިއްޒު ބުންޏެވެ.

    ލިބިލިބި އޮތް ހިދުމަތެއް ހުއްޓާ ނުލާނެ ކަމަށް މުއިއްޒު ބުންޏެވެ. ދޭހިދުމަތެއްގެ އަގު ބޮޑު ނުކުރާނެ ކަމަށް މުއިއްޒު ބުންޏެވެ. ވަޒީފާގައި ހުރި މީހަކު ވަކި ނުކުރާނެ ކަމަށް މުއިއްޒު ބުންޏެވެ. ސަރުކާރުގެ މަތި ބަރުނުކުރާނެ ކަމަށް މުއިއްޒު ބުންޏެވެ. ދީފައިވާ ގޯއްޗެއް ފްލެޓެއް ވަކި ނުކުރާނެ ކަމަށް މުއިއްޒު ބުންޏެވެ. މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުތެރޭގައި އަގުދީ ނިންމާނެ ކަމަށް މުއިއްޒު ބުންޏެވެ. އާސަންދައިގެ ހިދުމަތް ފުޅާކޮށް ބެންކޮކާއި ދުބާއީން ބޭސްކުރެވޭނެ ގޮތް ހަދާނެ ކަމަށް މުއިއްޒު ބުންޏެވެ. ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓާނެކަމަށް ބުންޏެވެ. ކަރަންޓާ ފެން ރަގަޅު ފެންވަރުގައި އަގުހެޔޮކޮށް ހުރިހާ ރައްޔިތުންނަށް މެދުނުކެނޑި ލިބިދޭނެ ކަމަށް މުއިއްޒު ބުންޏެވެ. ދައުލަތުގެ އިސްރާފް ނައްތާލާ ދަރަނިތައް ފިލުވާ ގައުމީ ރިޒާވް ބަރާކޮށްލާނެ ކަމަށް މުއިއްޒު ބުންޏެވެ. މިހެން ކިޔާފައި ނުކިޔާނެ ވަކިކަމެއް ނެތެވެ.

    މުއިއްޒަށް ވެރިކަން ލިބުމުން ހީވީ ބޮކަށް ރަންފުށް މައްޗަށް އެރުނު ހެންނެވެ. ހެދޭ ނުހެދޭ ނޭނގި ފަތުއަޑުކިޔާފާ ސިޔާސީ މަގާމުތައް އުފައްދާ މީހުނަށް ބަލައިގެން އަތްގުޅި ނުކާވަރުގެ މުސާރަ ދޭންފެށިއެވެ. ކެބިނެޓް ވަޒީރުންނާއި އެނޫން ވަޒީރުންގެ އަދަދު ސުމާރެއް ނެތެވެ. ސްޓޭޓް މިނިސްޓރުންނާއި ނައިބުންނާއި އެކި ނަންނަމުގައި އުފެއްދި ސިޔާސީ މަގާމުތަކާއި މީހުން އޮއިކުންޏަށެވެ. ކުންފުނިތަކާއި ބޯޑުތައް އެވަރެވެ. ޑުޕްލިކޭޓް ކުންފުނިތައް އެވަރެވެ.

    ވެރިކަމުގެ ޝާނާއި ޝައުކަތަށްޓަކާ އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން މުލިއާގެ މަރާމާތުކޮށްފިއެވެ. އެތައް މިލިޔަން ޑޮލަރު ހޭދަކޮށްގެން އައުވާނުނަށް އަގުބޮޑު ކާރުތަކެއް ހޯދައިފިއެވެ. ރަސްމީ ފާލަމަށް އެތައް މިލިޔަނެކެވެ. ޑްރޯން ގަތުމަށް އެތައް މިލިޔަނެކެވެ. ދެ ދުވަހުން އެއްދުވަހު ހަވާ އަރުވަން އެތައް މިލިޔަނެކެވެ. މަވެތިކަން ދައްކަން ފައުޖު ހަދާފައި ރާއްޖޭން ބޭރަށް ދިޔުމަށް މިލިޔަނުން ހަރަދު ކުރަނީއެވެ. އީދު ފާހަގަކުރުމުގެ ނަމުގައި ބިލިޔަނުން އިސްރާފެވެ. ހީވާނީ ދުވާލަކު މަލްޓި މިލިޔަނުން ސަރުކާރަށް ޑޮލަރު ވައްނަ ގައުމެއް ހެންނެވެ. 

    ރަސްމާލެ ހިއްކާ ކަނޑުއަޑީގައި ޓަނަލް އަޅާ ދުބާއީ ލަދުގަންނަވާލާ ވަރަށް ދިވެހީންގެ ރާއްޖެ ކުރިއަރުވާލާނެ ކަމުގެ އުންމީދުގައި ދިވެހިން ތިބީ ދަތް ދިލުވައިގެންނެވެ. ކޮންމެ ދެފައި ދެގޯޅިއެއްގައި އެއަރޕޯޓެވެ. ގުއިފުނަދޫގައި މެރީނާ މޯލާއި މިނީ ރޭލެވެ. ދެ އަހަރުނުވާ ސީޕްލޭން ޓަރމިނަލް ކައިރި ރަށަކަށް ބަދަލުކޮށް ލަނީއެވެ. ޖައްވީ އުޅަނދާއި ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ ވާހަކަ ނޫން ހުރިހާ ވާހަކައެއް މުއިއްޒު ވަނީ ދައްކާފައެވެ. ހަމަތެދެކެވެ. މުއިއްޒު ދިވެހި ރައްޔިތުން ޅޮސް އުދޯއްޔަށްލީ ތިޔަހެންނަކުން ނޫނެވެ. އެހެނެއް ކަމަކު ވެރިކަމަށް 7 މަސްނުވެ މުއިއްޒު ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. ރައްޔިތުން ހާލުގައި ޖެހުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ރައްޔިތުން ހިތިބޭސް ބޯން ޖައްސަނީއެވެ. 

    ދިވެހިންނަށް ރަން އިލޮށިން ކަދުރު ކާންދޭން އުޅުނު އެއްކަލަ މުއިއްޒު ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ކާޑާއި ކަރަންޓާއި ފެނާއި ތެލުން ދޭ ސަބްސިޑީ ކަނޑާލަނީއެވެ. އޭރުން ކަރަންޓް ބިލާ ފެން ބިލު ބޮޑުވެ މިހާރަށްވުރެ ތިންގުނަ އިތުރަށް ފައިސާ ދައްކަން ޖެހެނީއެވެ. ތެލުގެ އަގު ބޮޑުވެ ދުއްވާ އެއްޗެތި ނުދުއްވާ ބާއްވަން ޖެހެނީއެވެ. ރައްޔިތު މީހާއަށް އާސަންދައަކީ އަގުދީގެން ނޫނީ ނުލިބޭ އެއްޗަކަށް ވަނީއެވެ. މުއައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްލަނީއެވެ. ހުޅުމާލެ ބްރިޖް ހުރަސްކުރާ ކޮންމެ ހުރަސް ކުރުމަކުން އަގު ނަގަނީއެވެ. އިންފްލޭޝަން މަތިވެ މުދަލުގެ އަގު ބޮޑުވެ އަތްނުފޯރާ ހިސާބަށް ދަނީއެވެ. 

    ކަންކަން ރަނގަޅަށް ރާވާ ހިންގަން ނޭނގި ކަންކަން ބޮއްސުން ދިޔައިމާ ކުރީ ސަރުކާރޭ ކިޔަސް މައްސަލަ ހައްލެއް ނުވެއެވެ. ހައްތަހާ ވަނީ ބަރަހަނާއެވެ. ކިތަންމެ ވަރަކަށް އޮޅުވާލިޔަސް މިހާރު ވެރިކަމުގައި އޮތީ އެމްޑީޕީއެއް ނޫނެވެ. މުއިއްޒު ވެރިކަމާ ހަވާލުވީ އެމްޑީޕީއަށް ވެރިކަން ނުވެގެން ވެރިކަމާ ހަވާލުވެ ދޭށޭ ކިޔާ ފަހަތުން ހިނގާ ރޮއި އާދޭސް ކޮށްގެނެއް ނޫނެވެ. މިހާރަކު އެމްޑީޕީއެކޭ ކުރީ ސަރުކާރެކޭ ކިޔާނެ ކަމެއްނެތެވެ. ކަންކަން ގޯހުން ގޯހަށް ދިޔުމުން ކުރީގެ ސަރުކާރޭ ކިޔައިގެން ރާގުރާގަށް ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން އުޅުނަސް އޮތް މައްސަލަތައް ހައްލެއް ނުވާނެއެވެ. ދުވަހެއް ދުވަހަކަށް ވާނީ ގޯހެވެ. ގައުމު ހަމަ މަގަށް އެޅުވުމުގެ ރޭވުންތެރިކަމެއް ހުނަރެއް މުއިއްޒުގެ ނެތެވެ. 

    މަސްވެރިންނަށް ފައިސާ ނުލިބި މަގުމަތިވަނީއެވެ. މުއައްޒަފުންނަށް ވަޒީފާ ގެއްލި އާމްދަނީ ހުއްޓެނީއެވެ. ތެޔޮ ނުލިބިގެން އިންޖީނުގެތައް ހުއްޓި ކަނު އަދިރިވަނީއެވެ. އެއްގަމާ ކަނޑާ ވައިގާ ދުއްވާ އުޅަނދުތައް ހުއްޓި ޕާރކް ކުރަން ޖެހެނީއެވެ. މުއިއްޒުމެން އެބުނާ  ހިތިބޭހެއް ބޮއެގެން ހަނާވުމުގެ ކުރިން ރައްޔިތުން ނިކުމެ ގޯތާބޭ ދިޔަމަގުން ދުއްވާލުމުގެ ކުރީން އަވަހަށް ފައިބާށެވެ.  

    ]]>
    Thu, 27 Jun 2024 17:43:15 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ ނުފޫޒާ ރިޝްވަތާ ދެކޮޅަށް 12ގޮނޑި ހޯދީ އެމްޑީޕީ ގަދަވީމަ! https://heerasnews.com/2565 https://heerasnews.com/2565 އެމްޑީޕީއަކީ މުއްދަތު ހަމަވެފާވާ ފޯހެއް ކަމަށް ކުރީގެ ރައީސް ޔާމީނު ވިދާޅުވިއެވެ. އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު ވެސް އެމްޑީޕީ ރޫޅާލުމުގެ ވާހަކަ ވަރަށް ބާރަށް ދެއްކެވިއެވެ. ސިޔާސީ ބޭބޭފުޅުން އެ ޒާތްޒާތުގެ މޭރުމުން ވާހަކަ ދައްކަވަނީ އެ ބޭފުޅުންނާ ނުލާ ގައުމުގެ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭނެ ކަމަށް ދައްކަވަން ވެގެންނެވެ. 

    2023 ގެ ރިޔާސީ އިންތިހާބު ގެއްލުމާއި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުމަކީ އެމްޑީޕީ މަރުވުން ކަމަށް ބަޔަކު އެބަ ސިފަކުރެއެވެ. 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލުމުގެ އިސް ދައުރެއް އަދާކުރީ އެމްޑީޕީގެ ތެރޭގައި އުފެދުނު " ޕަވަރ ހަންގަރ" އެއްގެ ސަބަބުންނެވެ. ވަކިމީހަކު ނޫނީ އެމްޑީޕީން ރާއްޖޭގެ ވެރިކަން ކޮށްގެން ނުވާނެކަމަށް ގަބޫލުކުރި ބަޔަކު މޮޅުތަކެއް ވާނެކަމަށް ޖެހިސަކަރާތުންނެވެ. އެމްޑީޕީގެ ތެރެއިން ބަޔަކު ނިކުމެ އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތުންނެވެ. އެމްޑީޕީގެ ނިސްބަތުގައި އެއްޔަކީ ދުވަހަކުވެސް މާފު ކުރެވޭނެ ކަމެއްނޫނެވެ. 

    އިބޫ ނޫން ގޮތެއް ހޯދަން އެމްޑީޕީ ތެރެއިން ނިކުތް މީހުނަށް އާހިރުގައި ލިބުނީ ކޮޅުކެއްސެވެ. އިބޫ ނޫން ގޮތެއް ހޯދަން އެމްޑީޕީގެ ތެރެއިން ނިކުތް މީހުނަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނީ އެންމެ %7 ވޯޓެވެ.  ރިޔާސީ އިންތިހާބުގެ ދެވަނަބުރު ހުވަފެނުންވެސް ނުފެނުނެވެ.

    ރާއްޖޭގައި އެމްޑީޕީއަށް ދެކޮޅަށް ވަރުގަދަ ކެންޕޭންތައް ހިންގާ ދެވަނަ ދައުރު އެމްޑީޕީއަށް ނުދޭން ބަދަލުގެ ރޫހު ފެށިފައި އޭރު އޮތީ އަމަށަކު ވަރަކަށް ނޫނެވެ. ދޮގު މައްޗަށް ދޮގުހަދާ ކޯލީޝަން ޕާޓްނަރުންވެސް ދިމާކުރީ އެމްޑީޕީ ވެރިކަން ނިންމުމަށެވެ. ނަތީޖާއެއްގެ  ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ ދެކޮޅަށް 7 ކެންޑިޑޭޓުން ވާދަކުރިއެވެ. ހަތް ކެންޑިޑޭޓުންނާ ވާދަކޮށް 86161 ވޯޓު ހޯދައިގެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީ ދިޔައީ އެތައް ބަޔަކު އެމްޑީޕީއަށް ދެވަނަ ދައުރު ނުދޭން ހިފާލާފައި ތިބިއިރު ރާއްޖޭގައި ގަދަކޮށް އެމްޑީޕީ އޮތީމައެވެ. ދެވަނަ ބުރުން އެމްޑީޕީއަށް ވެރިކަން ގެއްލުނު ނަމަވެސް އެމްޑީޕީއަށް 109 ހާސް ވޯޓު ދިވެހި ރައްޔިތުން ދިނެވެ. އެމްޑީޕީ ނޫން ގޮތެއް ހޯދާ އެމްޑީޕީ ރޫޅާލަން ބަޔަކު މަރުކަށި ކެޑުނުއިރުވެސް ވޯޓުލީ އާބާދީގެ %45.96 މީހުން ތިބީ އެމްޑީޕީއާ ރުހިގެންނެވެ. 

    އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމަށް ފަހު އައިވެރިކަންވީ ކުރު މުއްދަތެއްގައި އެންމެ ކޮރަޕްޓް އެންމެ ހަމައެއް ލަމައެއްނެތި ނުފޫޒު ފޯރުވާ ވެރިކަމަށެވެ. ދޮގުހެދުމާ އޮޅުވަލުމާ ރިޝްވަތު ދިނުމުގައި ލަދެއް ހަޔާތެއްނެތް ވެރިކަމަކަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް ހޯދުމަށްޓަކާ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ވަޒީފާ ބެހުމާއި ރިޝްވަތުދިނުމާއި މަކަރާއި ހީލަތުގައި ދެވަނައެއް ނެތެވެ. 

    މުއިއްޒު ސަރުކާރުގެ ނުފޫޒާއި ރިޝްވަތާ ދެކޮޅަށް އެމްޑީޕީ ނޫން ޕާޓީއަކަށް މަޖިލިސް އިންތިހާބުގައި އެއްކަމެއްވެސް ނުކުރެވުނެވެ. 93 ދާއިރާގެ ތެރެއިން 89 ދާއިރާއަށް އެމްޑީޕީން ވާދަކޮށް 59 ހާސް ވޯޓު އެމްޑީޕީ ޓިކެޓަށް ހޯދުމަކީ އެމްޑީޕީ ދިރި ދެމިއޮތް ކަމުގެ ސާފު ހެއްކެކެވެ. އެމްޑީޕީ ލީޑަރޝިޕް ފޭލިނުވާ ކަމުގެ ދަލީލެކެވެ.

    މުޅި ރާއްޖޭން 59 ހާހަށްވުރެ ގިނަ ވޯޓު އެމްޑީޕީއަށް ލިބި މަޖިލީހުގެ 12 ގޮނޑި އެމްޑީޕީން ކަށަވަރު ކުރި ކުރުމަކީ ނާކާމިޔާބެއް ނޫނެވެ. ރިޝްވަތާއި ނުފޫޒުން އެނދުކެނޑިފައިވާ މުއިއްޒު ސަރުކާރާ ދެކޮޅަށް އެމްޑީޕީ ފިޔަވާ އިދިކޮޅު އެހެން އެއްވެސް ޕާޓީއަކަށް އެންމެ ގޮނޑިއެއްވެސް މަޖިލީހުން ނުހޯދުނުކަމީ އެމްޑީޕީ ފެއިލް ނުވާކަމުގެ އަލިގަދަ ދަލީލެކެވެ. ރައީސް ނަޝީދު ވިދާޅުވާހެން އެމްޑީޕީ ރޫޅާނުލެވުނު ކަމުގެ ސާފު މިސާލެކެވެ. އެމްޑީޕީއަކީ ރައީސް ޔާމީނު ވިދާޅުވާ ފަދަ މުއްދަތު ހަމަވެފައިވާ ފޯހެއް ނޫންކަން ކަށަވަރު ވާކަމެކެވެ.     

    ]]>
    Thu, 27 Jun 2024 14:16:42 +0500 ނިއުސް ޑެސްކް
    އެމްޑީޕީ ޓީންއޭޖް ކަޑައްތުކޮށް ޒުވާންކަމަށް https://heerasnews.com/2564 https://heerasnews.com/2564 ޓީން އޭޖް ހުރަސްކޮށް ޒުވާން ކަމަށް ވާސިލުވެވުނު އެންމެ ޕާޓީއެއްވެސް އެމްޑީޕީ ނޫނީ ރާއްޖޭގައި ނެތެވެ. އެމްޑީޕީގެ ފަހުން އުފެދުނު އެތައް ޕާޓީއެއް އެކްސްޕަޔަރ ވެގެން ގޮސްފައިވެއެވެ. އެމްޑީޕީގެ ފަހުން އުފެދި އުވި ނެތި ދިޔަ ޕާޓީތަކުގެ ލިސްޓް ދިގެވެ. އެމްޑީޕީއާއި ފައި ހަމަކުރަމުން އައި ޕީޕީއެމް ވެސް މިހާރު އޮތީ ނޭވާ ހޮޅިއަށް އެޅި ހިސޯރު ވެފައެވެ. 

    ރާއްޖޭގައި އުފެދުނު ގިނަ ޕާޓީތަކަކީ ވަކި މީހެއްގެ ސިޔާސީ ބާރުވެރިކަން ދަމަހެއްޓުމަށް އުފެދުނު ޕާޓީތަކެވެ. އެހެނަސް އެމްޑީޕީ ތަފާތެވެ.

    އެމްޑީޕީއަކީ ފިކުރެކެވެ. ވަކިމީހެއްގެ ޕާޓީއެއް ނޫނެވެ. އެމްޑީޕީއަށް ވެރިވެ ގަންނަން އުޅުނު މީހަކު ސިޔާސީގޮތުން ބާކީވުމަކީ ރާއްޖޭގެ ޑިމޮކްރެޓީކް ހަޔާތުގެ ހަގީގަތެވެ.

    ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ މައިޕާޓީއަކީ އެމްޑީޕީއެވެ. ސިޔާސީ އިސްލާހީ ހަރަކާތުގެ މައިބަދައަކީ އެމްޑީޕީއެވެ. 19 އަހަރު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ދެމިއޮތީ ވަކި މީހެއްގެ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށްވުރެ ފިކުރެއް ނަގަހައްޓާ ދެމެހެއްޓުނީތީއެވެ. 

    ރާއްޖެއަށް ސިޔާސީ އިސްލާހު ގެންނައުމުވިސްނުމުގައި މަސައްކަތްކުރި އެތައް ބައެއްގެ މަސައްކަތާއި ގުރުބާނީގައި ގޯގޯ ލަތީފް އިސްކޮށްހުރެ އުފެދުދުނު އެމްޑީޕީ 19 އަހަރު ދެމިއޮތީ ގިނަ ބައެއްގެ ހިއްވަރާ ފަންވަރުންނެވެ. ޕާޓީން ކޮށްދޭނީ ކޮންކަމެއްތޯ ނުބަލައި ޕާޓީއަށް ތިމާއަށް ކޮއްދެވޭނީ ކޮންކަމެއްތޯ ބަލައިގެން ބަޔަކު ކުރި ބުރަ މަސައްކަތުން ޓީން އޭޖު ކަޑައްތުކޮށް ޒުވާން އުމުރަށް އެޅީއެވެ. 

    އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް އެމްޑީޕީގެ ކުރި ބޯއްޓަށް އައުމަކީ އުނދަގޫ ކަމެއްނޫނެވެ. ބޭނުންވަނީ ހިތްވަރާ ކެރުމެވެ. ދެގޮތެއް ނުވެ ކުރާ އިހުލާސްތެރި މަސައްކަތެވެ. 

    އެމްޑީޕީއަކީ ވަކި މީހެއްގެ ވަށާއެނބުރޭ  ޕާޓީއެއް ނަމަ ނެތި ދިޔަ އެހެން ޕާޓީތައް ފަދައިން އެމްޑީޕީ ނެތިދާނެތާ ކިތަންމެ ދުވަހެކެވެ. އިބްރާއާއި ޑރ. ވަހީދާއި ޑރ. މުނައްވަރާއި ވެސްވަކިވެ ދިޔައީއެވެ. އެނޫންވެސް އެތައް ތަރިއެއް އަރާ އޮއްސުނެވެ. އެމްޑީޕީ އޮތީ އެމްޑީޕީގެ ގޮތުގައެވެ. އެމްޑީޕީން ނިކުމެގެން ދިޔުމަށްފަހު އެއް ފަހަރަށް ވުރެ ގިނަފަހަރު އައިސް ގޮސްވާ އެތައް ލީޑަރުންނެއް އެމްޑީޕީ ދުއްޓެވެ. 

    ރައީސް ނަޝީދު ވެސް އެމްޑީޕީ ދޫކޮށް ދިޔައީއެވެ. އެމްޑީޕީ އަދިވެސް އެއޮތީ ގަދަކޮށެވެ. އެމްޑީޕީ ރޫޅާލަން އުޅުނު އެންމެންގެވެސް ކެނޑިގެން ދިޔައީ ސިޔާސީ އޮފެވެ. ގެއްލުނީ އިތުބާރެވެ. އެމްޑީޕީ ރޫޅާލަން ނިކުންނަ ކޮންމެ މީހަކުމެ ވެގެން ދަނީ ސިޔާސީ ސޮހުލަކަށެވެ. 

    އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަކީ އިސް މުޝީރު ރައީސް ސޯލިހާއި ޕާޓީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދާއި ޗެއަރ ޕާސަން އޮނަރަބަލް ފައްޔާޒު އިސްމާއީލެވެ.

    ބަޔަކު އެމްޑީޕީ ނެތްކަމަށް ކިތަންމެ ބާރަށް އަޑުއެރުވިޔަސް އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ބާރާއި ފައިސާއާއި ރިޝްވަތާއި ދެކޮޅަށް ފަސްދޮޅަހަކަށް ހާސް ވޯޓު އެމްޑީޕީއަށް ލިިބުނެވެ. ވެރިކަމުގައިނެތި މަޖިލީހުން ގެއްލުނު ގިނަ ގޮނޑި ގެއްލުނީ ކުޑަކުޑަ ތަފާތަކުންނެވެ. މަޖިލީހުން 12 ގޮޑި އެމްޑީޕީން ކަށަވަރު ކުރިއެވެ.

    ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި ލަދެއް ހަޔާތެއް ނެތް ސަރުކަރަކާ ދެކޮޅަށް އެމްޑީޕީ ނޫން ޕާޓީއަކަށް މަޖިލީހުން އެންމެ ގޮނޑިއެއްވެސް ނުލިބުނެވެ. ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއި ރައީސް ޔާމީނުގެ ޕީއެންއެފް އާއި ރައީސް މައުމޫނުގެ އެމްއާރުއެމް ވެސް ދިޔައީ ފަނުފުލުންނެވެ.    

    ]]>
    Thu, 27 Jun 2024 12:20:00 +0500 ނިއުސް ޑެސްކް
    މަސްކިލޯއަކަށް 25ރ ނުދެވެނީ އެސްޓީއޯއިން މިފްކޯ ވަކިކޮށްލުމުން https://heerasnews.com/2563 https://heerasnews.com/2563 މަސްވެރިންނަށް އަގު ދެވޭނެ ހާލަތު ދައުލަތުގައި ނެތިގެން މިފްކޯއަށް މަސް ގަންނަ އަގު މުރާޖައާ ކުރާ ވާހަކަ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ދެއްކެވީމާ އަންނަނީ ހިންޏެވެ. ދައުލަތުގެ އާމްދަނީއާ މަހުގެ އަގާ ގުޅުވާ ގުޅުވުމަކީ އޮޅުވާލުމެކެވެ. ނާޒިމުވެސް ގަބޫލު ކުރައްވަންވީ އެ ހަގީގަތެވެ.

    އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް އަގު ދިނުމުގެ ގޮތުން އެޅި ހަމަނުޖެހޭ ފިޔަވަޅެއްގެ ގޮތުގައި ނާޒިމް ސިފަކުރެއްވީ 25 ރުފިޔާއަށް މަސްކިލޯއެއްގެ އަގު ހަމަޖެއްސުމެވެ. މަސް ގަންނަ އަގަށް އެބަދަލު ގެނައުމުން ކިލޯއަކުން 8 ރުފިޔާ ގެއްލުން ވާކަމަށް ނާޒިމު ވިދާޅުވާއިރު އެކަމުގެ ވަށައިގެން ހިނގާފައިވާ ކަންކަމަށް ނާޒިމު ވިސްނަވާފައެއް ނެތެވެ. 

    އެމްޑީޕީ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ އެކަން ކޮށްގެން ގެއްލުމެއް ނުވާނެ ގޮތަށް ކަންތައްތައް ރާވާފައެވެ. ޔޫރަޕަށް ރާއްޖޭގެ މަސްގަންނަ މަހުން ނަގާ ޓެކްސް ކަނޑާލުމުގެ ފެހި ސިގްނަލް އޮތީ ލިބިފައެވެ. އެކަމަށް ކުރަންޖެހޭ ކަންކަން އައީ ތަރުތީބުވެ ހަމަޖެހެމުންނެވެ. ވެރިކަން ބަދަލުވުމުން މުއިއްޒު ސަރުކާރަށް ޔޫރަޕާއެކު އެކަމަށް ކުރަންޖެހޭ ކަންކަން ކުރަން ނޭނގިގެން ނުކުރެވުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ. ކުރީ ސަރުކާރުގެވެސް މައްސަލައެއް ނޫނެވެ. މަސްވެރިންގެ މައްސަލައެއް ވެސް ނޫނެވެ. 

    ވެރިކަން ބަދަލުވުމާއެކު އިންޑިއާ ސަރުކާރާ ޖެހިގަތް ޖެހިގަތުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވި ބަދަލުވުމަކީ ޔޫރަޕުން ރާއްޖެއަށް ލުއިތައް ދިނުމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައެވެ. ކަމެއް ބަޔަކު ކުރުމާ ނުކުރުމުގައި ކޮންމެ ފަހަރަކު އެޔެކޭ މިޔެކޭ ނުކިޔާނެއެވެ. 

    މަހުގެ އަގުގެ ވަހަކަ ދައްކާއިރު ގަބޫލުކުރަންޖެހޭ އަނެއް ހަގީގަތަކީ މިފްކޯގެ ހާލަތެވެ. މިފްކޯއަކީ ހިޔާނާތާ ފަސާދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާން ޖެހިފައި އޮންނަ ކުންފުންޏެކެވެ. ކޮންމެ ވެރިކަމެއް އޮތަސް މިފްކޯއިން ރާއްޖޭން ބޭރުކުރާ މަހުގެ ބޮޑުބައެއް ރިޖެކްޓްވުމާއި ރިޖެކްޓް މަަހަށް ދެންވާ ގޮތުގެ ވާހަކައަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. 

    ރައީސް ސޯލިހުވެރިކަމަށް އިސްވެވަޑައިގެން އިރުވެސް މިފްކޯ ދަރާ ބޯހިކޭކަށްނެތެވެ. މަސްވެރިންނަށް ނުދީ 250 މިލިޔަނަށް ވުރެ ގިނަ ފައިސާ އޮތެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 4 މަހުގެ ތެރޭގައި އެހުރިހާ ފައިސާ މަސްވެރިންނަށް ދައްކާ ހަލާސްކުރިއެވެ. އޭގެފަހުން އާއްމު ގޮތެއްގައި ހަފްތާއަކުން ހަފްތާއަކުން މަސްވެރިންނަށް މަހުގެ އަގުދެއެވެ. ކޮވިޑްގެ އާލަމީ ވަބާގައި ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބި، މަސްބޭރު ނުކުރެވި ދެއަހަރެއްހާ ދުވަސް ދިޔަނަމަވެސް މަސްވެރިން ބަނާ މަހަށް މިފްކޯއިން އަގުދެމުން އައެވެ. 17 ނޮވެންބަރގައި ވެރިކަން ބަދަލުވި ސަރުކާރުން 11 ނޮވެމްބަރ 2023 ގައިވެސް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވެއެވެ. 

    ހިނގަ ހިނގާ އޮންނަ ދައުލަތެއް އެއްވެރިކަމުން އަނެއްވެރިކަމަށް ބަދަލުވާއިރު ވަރުތަވާނީ ދަރަނި އެކަންޏެއް ނޫނެވެ. ފައިސާއާއި މުދާވެސް ވާރުތަވާނެއެވެ. ވާރުތަވި ދަރނީގެ ވާހަކަ ދައްކާއިރު ބިޔަ މަސް ސްޓޮކެއްވަރުތަވީ ވާހަކައެއް ނުދެއްކެއެވެ. 

    އޮތް ހާލަތުން މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ކޮޅަށް ހުރެވޭވަރުގެ ކުންފުންޏަކަށް ނުވެއެވެ. އެހެން ކަމުން މަސްވެރިންނަށް އައިސް ފޯރުކޮށް ދިނުމަށް ރާއްޖޭގެ އެކިހިސާބުގައި ހުރި މިފްކޯގެ އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލުކޮށްގެން އައިސް ޕްލާންޓްތައް އޮޕަރޭޝަނަށްގެނެސް މަސްވެރިންނަށް ފަސޭހައިން އައިސްލިބޭނެ ގޮތަށް ކަންކަން ކުރީ ސަރުކާރުން ހަމަޖެއްސިއެވެ. މަސްވެރިންނަށް ހަމައަގު ދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް މިފްކޯއަކީ އެސްޓީއޯ ސަބްސިޑަރީ ކުންފުންޏަކަށް ރައީސް ސޯލިހު ބަދަލުކުރެއްވިއެވެ. 

    ރައީސް މުއިއްޒު ވެރިކަމަށް އިސްވެވަޑައިގަތުމަށްފަހު އެންމެ އަވަހަށް ކުރެއްވި ކަމަކީ އެއްވެސް ދިރާސާއެއް ކުރެއްވުމެއްނެތި މިފްކޯ މުސްތަގިއްލުކޮށް ލެއްވުމެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި އޮތްނަމަ މަސް ކިލޯއަކަށް 25ރުފިޔާވެސް ދެވުނީހެވެ. މަސްވެރިން މުޒާހަރާ ކުރަން ނުޖެހޭ ވަރަށް މަސްވެރިންނަށް މަހުގެ އަގުވެސް ދެވެމުން ދިޔައީހެވެ. ހުރިހާވެސް މައްސަލައަކީ ނޭނގޭ ހާލު ކުއްލިކުއްލިޔަށް ގެންނަ ކުއްލި ބަދަލެވެ. ފަހުން އުނބަށް ޖަހަންޖެހެނީ އެހެންވެއެވެ.  

    ]]>
    Wed, 26 Jun 2024 12:17:16 +0500 ނިއުސް ޑެސްކް
    ޖަނާބަށް ކެރެންޏާ ސާޖިދާ ތަހުގީގު ކޮށްލަބަލަ! https://heerasnews.com/2562 https://heerasnews.com/2562 ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ލިބުމުން ބައެއް މީހުނަށް މިތިބަ ވާގޮތެކެވެ. ގުއި ނުދެކޭ ކާޅަށް ގުއިފެނިގެން އުޅުމެކޭ ތަފާތެއް ނެތެވެ. ކިޔޭ ނުކިޔޭއެއް ނޭގެއެވެ. އިބްރާހީމް ޖަނާބަކީ އޭގެތެރެއިންވެސް އަރާހުރި މީހެކެވެ. 

    ފަލަސްތީނު ފޮށައެއް ކަރަށް އެއްލައިގެން މާ ފަލަސްތީނު ވެގެން ކަންދެއްކުމުގައިވެސް އެވަރެއް ނެތެވެ. ރޯނު އެދުރުހެދިގެން ސައިންޓިފިކް ވާހަކަ ދައްކާއިރު އަޑުއަހަން ތިބީ މޮޔައިންނޭ އިބްރާހީމަށް ހީވާ ކަހަލައެވެ. ގްރޯތު ހޯމޯނޭ އަންހެނުންނޭ އިސްތައްޓޭ ކިޔަން މީ ކާކުހެއްޔެވެ.

    ވަހުޝީކަން ބޮލަށް ލައިގެން އަންހެނުންގެ ކަންކަމަށް ގޮތްކިޔުން ނޫނީ ކުރާކަށް ކަމެއް މިކަލޭގެއަކަށް ނުފެނެއެވެ. އަންހެން ކުދިން ހިތާނު ނުކުރެވިގެން ވެސް މިކަލޭގެޔަކު މޮޔަވަނީއެވެ. ބަފާ ޝޭހަކަށް ވުމަކުން ބޮޑު ޝޭހު ހެދިގެން އިސްލާމް ދީން ބޭނުންކޮށްގެން އުޅޭ އިރު ހީވަނީ މީނާއަކީ މީ ދީންހެންނެވެ.

    ރައްޔިތުން ދެކެ ލޯބިވާ މާދުރު ވިސްނޭ މީހަކަށް ހެދިގެން އިހަށް ދުވަހު ދެއްކީ އަނެއް ކަނޑުކޮސް ވާހަކައެވެ. ކޮވިޑްގެ ވަބާގައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް ތަސައްލީ ހޯދަދޭން ކޮވިޑް މަރުތައް ތަހުގީގު ކުރާވާހަކައެވެ. އިބްރާހިމް ޖަނާބުގެ ވާހަކައިން ހީވަނީ ކޮވިޑް ޖެހިގެން މީހުން މަރުވީ ރާއްޖޭން އެކަނިހެންނެވެ. ކޮވިޑްގެ މަރުތަކުގެ ބަދަލުގައި އޭރު ސަރުކާރުގައި ހިންގަން ތިބި މީހުންނަށް މަރުގެ ހުކުން އަންނަން ޖެހެޔޭ ބުނާ ކަހަލައެވެ. 

    ކުރީ ސަރުކާރުގައި އަޅައިގަނެ ހަސަދަވެރިވިޔަސް ބޮޑުވަރެވެ. ކޮވިޑް މަރުތައް އަޅެ ރަނގަޅަށް ތަހުގީގުކޮށްލަ ބަލާށެވެ. މިއޮތީ ސަލަފުޅިޔަން ސަރުކާރެއް ވިއްޔާއެވެ. މަޖިލީހުގައި ތިޔަ ތިބީ ޖަނާބުމެން ވިއްޔާއެވެ. އެކަމަކު ބުނަން ހެއްޔެވެ. ކުރީގެ ސަރުކާރަށް ނިސްބަތްކޮށް ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން ކޮވިޑް މަރުތައްވެސް ކުރީގެ ސަރުކާރު ބޮލުގައި އެކަނި އަޅުވައިގެން ބެޗޭކަށް ނެތެވެ. އެކަމުގެ ޒިންމާ ވަކިމީހަކު ބޮލުގައި އަޅަންޖެހޭ ކަމަށް ވަންޏާ ފުރަތަމަ އަޅަން ޖެހޭ އެކަކީ ޖަނާބުގެ އުހުތު މިހާރުގެ މަހާރެހެންދި ސާޖިދާއެވެ. 

    ސާޖިދާއަކީ މިރާއްޖޭގެ މެޑިކަލް މާފިޔާގެ އަމައެވެ. ސާޖިދާ އެޕްރޫވް ނުކުރާ ބޭހެއް ވެކްސިނެއް ރާއްޖެއަށް އެތެރެކޮށް ބޭނުމެއް ނުކުރެއެވެ. ސަޖިދާގެ މުށުތެރޭގައި ރާއްޖޭގެ މެޑިކަލް މާފިޔާ އޮންނަތާ ކިތަންމެ ޒަމާނެކެވެ. މަހަ ރެހެންދިކަން ލިބުމުންވެސް އެކަމުން ނުނެއްޓޭން ގަދަހަދައިގެން ގާނޫނާ ހިލާފަށް ފުޑު އެންޑް ޑްރަގް އޮތޯރިޓީގައި އަދިވެސް ބަގުޑި ބައްދައިގެން އެހުންނަނީ އެހެންވެއެވެ. ޖަނާބަށް ކެރެންޏާ ސާޖިދާގެ ރަނގަޅު ތަހުގީގެއް ކޮށްލަބަލާށެވެ.  

    ]]>
    Wed, 26 Jun 2024 10:18:42 +0500 ނިއުސް ޑެސްކް
    އައްޑޫ މަސްވެރިންގެ ބޭނުމެއް ސަރުކާރަކަށް މިވަގުތު ނެތް! https://heerasnews.com/2561 https://heerasnews.com/2561 މަސްވެރިން ކިތަންމެ ދުވަހެއް ވަންދެން މުޒާހަރާ ކުރިޔަސް މުއިއްޒު ސަރުކާރަށް ކަހަރުވަކެކޭވެސް ހީނުވާނެއެވެ. މިހާރަކު މުއިއްޒަކަށް ރައްޔިތުންނަކީ މާ މުހިންމު ބައެއް ނޫނެވެ. އަމްދުން އައްޑޫ ރައްޔިތުންގެ މާބޮޑު ބޭނުމެއް މިވަގުތު ސަރުކާރަކަށް ނެތެވެ. 

    އައްޑޫ މަސްވެރިން މުޒާހަރާ ކުރާތީ ކަން ބޮޑުވާނީ ކުރިމަތީގައި އިންތިހާބެއް އޮތްނަމަތާއެވެ. މިދުވަސްވަރަކު އައްޑުއަށް ނިސްބަތްވާ ބައި އިލެކްޝަން ގަނޑެއްވެސް އޮތީއެއް ނޫނެވެ. 

    އިރެއްގައި މަސްވެރިންނަކީ މުހިންމު ބަޔަކަށް ވެގެން އުޅުނަސް މިހާރަކު ސަރުކާރަކަށް މަސްވެރިންނަކީ އެއްވެސް ބައެއް ނޫނެވެ. މަސްވެރިން ބާނާ މަހުން ރާއްޖޭގެ އިގްތިސާދަށް އާރޯ ކަމެއް ގެންނާކަށް މުއިއްޒު ސަރުކާރަކުން ނޫޅެއެވެ. ކަންޑުން ނަފާ ހޯދަން މުއިއްޒު ސަރުކާރުން އުޅެނިއްޔަކީ ދިވެހި މަސްވެރިން ލައްވާ މަސްވެރިކަން ކުރުވައިގެނެއް ނޫނެވެ. 

    ދޮށީގައި ބާނައިގެން މަސްވެރިން ކިރާ މަސްކޮޅު ވިއްކައިގެން ލިބޭ ފައިސާއަށް ވުރެ މާގިނަ ފައިސާ މަސްކަނޑުގައި ލޭނާއި ދައު އަޅައިގެން ހޯދެން އެބައޮތެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި މިފްކޯ އޮއްވާ މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ މިފްކޯ އެސްޓީއޯގެ ދަށުންނެރުނީ އޮޅެގެނެއް ނޫނެވެ. މަސްނުގަނެވޭ ކަމާއި ބޮޑު ގެއްލުމާއި ދަރަނީގައި އޮތްކަން އެނގިހުރެ މިފްކޯ މުސްތަގިއްލު ކުރީ ބޭނުމެއް ނެތިއެއް ނޫނެވެ.

    ކަނޑުތައް ހުޅުވާލައިގެން ކަނޑު ކަހާލައިގެން ފައިސާ ހޯދުމަކީ މުއިއްޒު ސަރުކާރުގެ އަމާޒެވެ. އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް)ގައި ދޮށީގެ މަސްވެރިކަން ކުރުވާކަށް ފެށުނީއްސުރެ މިސަރުކާރުގެ ވިސްނުމެއްނެތެވެ. ހަމައެކަނި ފިޝަރީޒް މިނިސްޓްރީގެ ނަމަށް ބަލައިލުމުންވެސް އެކަން ސާފުވާނެއެވެ. 

    ކަނޑުމަހެއް ބޮޑު ކަންނެއްޔެއް ކިޔާނަކަމެއް ނެތެވެ. ސަރުކާރުން މަސްވެރިންގެ އަތުން މަސްގަތުމެއް ނުއޮންނާނެއެވެ. މަސްވެރިންގެ އަތުން މަސްގަނެވޭ ވަރަށް މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ކަމަކަށް ނުހަދާނެއެވެ. މާގިނަ ދުވަހެއްނުވެ ބަޔަކަށް މިފްކޯގެ މެޖޯރިޓީ ހިއްސާ ވިއްކާލާ މިފްކޯއަކީ ލޭނާއި ދާއެޅުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށް ބަދަލުކޮށްލާނެއެވެ. އަނެއްކޮޅުން ވިލާ ފިޝަރީޒްއާއި އެންސިސް ކުންފުންޏަށް ކަނޑުކަހަން ފުރުސަތު ހުޅުވާލާނެއެވެ. ހަމައެހެންމެ ޗައިނާއާއި ޖަޕާނު ފަދަ ގައުމުތަކުގެ މަސްބޯޓު ފަހަރަށް ރާއްޖޭގެ ކަނޑުތައް ހުޅުވާލާނީއެވެ.

    އޭރަކުން ދިވެހި އާއްމު މަސްވެރިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ކިރިމަހަށް މަހަށް ފައިސާ ނުދީގެން އުޅޭކަން ނުޖެހޭނެއެވެ. ފަައިސާ ދޭން ޖެހޭނީ މަސްކިރާނަމަތާއެވެ. ދިވެހި އާއްމު މަސްވެރިން މަސްވެރިކަން ކުރަންޖެހޭނީ ލައިގެން ކާއެއްޗެއް ހޯދުމަށް އެކަންޏެވެ. ރާއްޖޭގެ އިގްތިސާދުގައި މަސްވެރިންނަކީ އެއްވެސް ބަޔަކަށް ނުވާނެއެވެ. މަސްވެރިން މުޒާހަރާކޮށް ހަންކެނޑޭނީއެވެ. ސަރުކާރަށް ޑަރުވެސް ހީނުވާނެއެވެ.  

    ]]>
    Wed, 26 Jun 2024 08:29:18 +0500 ނިއުސް ޑެސްކް
    ފައިސާ ދެންޏާ އެލްޖީބީޓީ ވެސް މުއިއްޒަށް އޯކޭ! https://heerasnews.com/2560 https://heerasnews.com/2560 އިންސާނީ ހައްގުގެ ނަމުގައި އަސާސީ ގޮތުން ތަފާތުކުރުމާ މުޅި ދުނިޔެ ދެކޮޅު ހަދައެވެ. ހުރިހާ ކަމެއްގައި ހަމަހަމަ ގޮތެއްގައި އަމަލުކުރަން ޖެހެއެވެ. އެގޮތުން ލެސްބިއަން، ގޭ، ބައިސެކްޝަލް އަދި ޓްރާންސްޖެންޑަރ (އެލްޖީބީޓީ+) މީހުންގެ ހައްގުތަކާއި މިނިވަންކަން ދަމަހައްޓަން ފުޅާދާއިރާއެއްގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެއެވެ. 

    އިންސާނީ ހައްގެއްގެގޮތުގައި އެލްޖީބީޓީ+ ކުރިއަރުވާ ގައުމުތައް ދުނިޔޭގައި އަންނަނީ ގިނަވަމުންނެވެ. ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިހުތިސާސްގެ ތެރޭގައި އެލްޖީބީޓީ+ އިންސާނީ ހައްގެއްގެ ގޮތުގައި ހިމަނައިގެން ބޮޑެތި ގައުމުތަކުން އެލްޖީބީޓީ+ ކުރިއެރުވުމަށް ރޭވުންތެރިކަމާއެކު މަސައްކަތް އެބަކުރެއެވެ. ފައިސާގެ ބޭނުންޖެހިފައިވާ ގައުމުތަކަށް ފައިސާ ދީގެން އެލްޖީބީޓީ+ ހައްގެއްގެ ގޮތުގައި ހީލަތްތެރި ކަމާއެކު ޕްރަމޯޓް އެބަކުރެއެވެ. 

    ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ގިނަ ހިސާބުތަކުގައި އެލްޖީބީޓީ+ މީހުންނާއި އެމީހުންގެ ހައްގުތަކަކީ މުޖުތަމައުގެ ވިސްނުމާއި ސިޔާސީ ގޮތުން ބަލައިގަންނަ ކަމަކަށް ވަނީ ހަދަފައެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި އެލްޖީބީޓީ+ މީހުންނަށް ފުރިހަމަ ހަމަހަމަކަމާއި މިނިވަންކަން ލިބިގެން ދިޔުމަށް އޮތް މަގު އަދިވެސް ވަރަށް ދިގެވެ.

    ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހުރިހާ ދައުލަތްތަކުން އެލްޖީބީޓީ+ ބަލައިގަނެ އަސާސީ ހައްގެއްގެ ގޮތުގައި ކަށަވަރު ކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އިގިރޭސި ވިލާތުންނެވެ. މުޅި ދުނިޔޭގައި އެލްޖީބީޓީ+ މީހުންނަށް މަދަނީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލް އަގުވާމީ ޖަމާއަތްތައް މެދުވެރިކޮށް ކެނޑިނޭޅި ސަރުކާތަކަށް ސިދާ ގޮތުންނާއި ނުސީދާގޮތުން ޔޫރަޕާއި އިނގިރޭސީން ފައިސާ އޮއްސަމުންދެއެވެ. 

    އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ 67 ގައުމު ދުނިޔޭގައި އަދި އެބައޮތެވެ. އޭގެތެރެއިން 32 ގައުމަކީ ކޮމަންވެލްތު ގައުމުތައް ކަމުން ކޮމަންވެލްތު ގައުމުތަކުގައި އެލްޖީބީޓީ+ ޕްރަމޯޓް ކުރަން އިގިރޭސިވިލާތް އިސްވެ އޮވެ ގިނަގުނަ މަސައްކަތް ކުރަމުން ދެއެވެ. 

    ސަމާއޯ އެގްރިމެންޓްގައި ކޮމަންވެލްތުގެ ގިނަ ގައުމުތަކެއް ހިމެނެއެވެ. ސަމާއޯ އެގްރިމަންޓްގައި ހިމެނޭ ވަރަށް ގިނަ ގައުމަކީ ގިނަ އަދަދަކަށް ބޭރުގެ އެހީއާއި ފައިސާގެ ބޭނުން ޖެހެފައިވާ ގައުމުތަކެވެ. އެހީތެރިކަން ބޭނުންވެފައިވާ ގައުމުތަކަށް އަމާޒުކޮށް ވަކިވަކި ފޯކަސް ގްރޫޕްތައް ހަދައިގެން އިގިރޭސިވިލާތާއި އީޔޫ އިސްވެ އޮވެ އެހީވެދީގެން ކުރާކަމަކީ އިންސާނީ ހައްގުގެ ނަމުގައި އެލްޖީބީޓީ+ ޕްރަމޯޓް ކުރުމެވެ.

    ސަމާއޯ އެގްރީމެންޓްގެ މައިގަނޑު ބޭނުމުގެ ތެރޭގައި ހިމެނޭ ހިއުމަން ރައިޓްސްއާއި ޑިމޮކްރަސީ ކުރިއެރުވުމުގެތެރެއިން ވެސް އަމާޒު ހިފާފައިވަނީ އެލްޖީބީޓީ+ ކުރިއެރުވުމަށް ސިދާ ގޮތުންނާއި ނުސީދާ ގޮތުން ފައިސާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ސަމާއޯ އެގްރިމަންޓްގައި ގިނަ ގައުމުތަކަށް އެންމެ ގިނައިން ފައިސާ ލިބެނީ އެލްޖީބީޓީ+ ކުރިއެރުވުމަށެވެ. 

    ފައިސާގެ ދަހިވެތިކަމުގައި މުއިއްޒު އެ އުޅެނީ ރާއްޖެއިން ސަމާއޯ އެގްރިމަންޓް ބަލައިގަންނާށެވެ. އެލްޖީބީޓީ+ މަޅިއަށް ރަނގަޅަށް ބޯ މަހާލާށެވެ. ރާއްޖޭން ސަމާއޯ އެގްރިމަންޓް ބަލައިގަތުމާއެކު އެންމެ ފުރަތަމަ ވެސް އެންމެ ބޮޑު ފައިސާއެއް ލިބޭނީ ހިއުމަން ރައިޓްސް ކުރިއެރުވުމުގެ ނަމުގައި އެލްޖީބީޓީ+ ކުރިއެރުވުމަށެވެ.

    ނަތީޖާއެއްގެ ގޮތުން ޑިމޮކްރަސީއާއި އިންސާނީ ހައްގު ތެރެއިން ގާނޫނަށް ގެނެވޭ ބަދަލުތަކާއެކު އާހިރުގައި އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެއްގޮތުގައި އޮންނަ އޮތުން ދާނީ ބަދަލުވެގެންނެވެ. އާއްމު ތަންތަންތާ އޮންލައިން ކޮށް ޖުވާކުޅެން މަޖިލިސް މެންބަރުން ތިބޭ ގައުމެއްގައި އެލްޖީބީޓީ+ ހުއްދަކުރަންވެސް ފަހަކަށް ނުދާނެއެވެ. ފައިސާ ލިބެނިކޮށް ނިމުނީއެވެ. 

    އިގިރޭސިވިލާތާއި ޔޫރަޕްގެ މައިގަނޑު އެންމެ ބޮޑު އަމާޒަކީ ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން 32 ގައުމެއްގައި އެއް ޖިންސުން ގުޅުން ހިންގުމަކީ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރުމެވެ. އެލްޖީބީޓީ+ އަކީ ހައްގެއްގޮތުގައި މުޖުތަމައު ގަބޫލުކުރުވުމެވެ. ސާމާއޯ އެގްރިމެންޓްގައި ބައިވެރިވެގެން މުއިއްޒު ރާއްޖެއަށް އެ ހޯދާދެނީ އެލްޖީބީޓީ+ ގެ ތަޅުދަނޑިއެވެ. 

    ]]>
    Tue, 25 Jun 2024 14:11:03 +0500 ނިއުސް ޑެސްކް
    މުއިއްޒު އުޅެނީ ބޮޑު ސިޔާސީ ޕާޓީއެއް ރަހީނުކޮށްގެން https://heerasnews.com/2559 https://heerasnews.com/2559 ދަންނައެވެ!! އަދުރޭ މިދެއްކީ ގައުމާއި ދައުލަތާއި ދުސްތޫރުގެ ޒަމީރާ ސީދާ ހިލާފު ވާހަކަ ތަކެކެވެ. ފުއްޕުމަކީ ކިބުރުވެރިކަމެވެ.

    އަދުރޭ ރައީސްގެ މި ވާހަކަ ތަކަކީ އިލެކްޝަންސް ކޮމިޝަނުން ބަލާއި ފިޔަވަޅު އަޅަންޖެހޭ ވަރުގެ އިއުތިރާފީ އަމަލެކެވެ. މިކަމުން ދޭހަ ވަނީ ރާއްޖޭގައި ސިޔާސީޕާޓީތައް މިފަދަ ގުރޫޕުތަކުން ރަހީނުކޮށްގެން ގުޅޭގޮތެވެ. ހަމަޔާއި އިންސާފު ނެތްވަރެވެ. 

    ފަހެ، މި އިއުތިރާފުތަކަށް ފަހު ރައީސް މުއިއްޒުގެ ސަރުކާރުގެ ދުސްތޫރީ ބިންގާ ގެއްލި ހިނގައްޖެއެވެ. ޗާޓުން ބޭރު ވެއްޖެއެވެ. ޓިކެޓް ފޭރިގަތްކަން ކަށަވަރު ވެއްޖެއެވެ. އުފެދުމުގައިވެސް މުއިއްޒު ކެންޑިޑެންސީ އަކީ ބާތިލުކަން ޔަގީން ވެއްޖެއެވެ. 

    ޕީޕީއެމްގެ ސިޔާސީ ބާރު ވަނީ ކަނޑުވާލާފައެވެ. ޕީޕީެމްގެ ނަމުގައި އިންތިހާބުތަކުގައި ވާދަކުރުން ވަނީ މަނާކޮށްފައެވެ. ޕީޕިއެމްގެ ނަމުގައި ދައުލަތުން ފައިސާ ނަގައިގެން ބޭނުން ކުރަނީ ޕީއެންސީންނެވެ. ޕީޕީއެމް ކޯމާގައި ބާއްވައިގެން ޕީޕީއެމްގެ މުދަލާ ފައިސާ ދަމާވީދަނީއެވެ.

    ރައްޔިތުންގެބާރު ހަރަކާތަށް އަންނާށެވެ. ޕީޕީއެމް އެބައޮތެވެ. ރާއްޖޭގެ ރައްޔިތުންނަށް ގާނޫނު އެބައޮތެވެ. ދިވެހިރާއްޖެ....ދިރިދެމި އޮންނާނެ!

    ]]>
    Mon, 24 Jun 2024 12:24:11 +0500 ނިއުސް ޑެސްކް
    ކުރީ ސަރުކާރުގެ ވެރިން ހައްޔަރުކުރަން ފަށަނީ! https://heerasnews.com/2558 https://heerasnews.com/2558 ރައީސް މުއިއްޒު ބުނާ ގޮތުން ރައްޔިތުން ތިބެންޖެހޭނީ އެޅިހާބަތަކަށް ރިހަވެގެންނެވެ. ސަރުކާރުން ހެދިހާއެއްޗެއް ހެދިގެންނެވެ. ސަރުކާރުގެ އެއްވެސް ނިންމުމަކަށް ފާޑުކިޔާ ދެކޮޅު ހެދިގެން ނުވާނެއެވެ. އިހުތިޖާޖުކޮށް ޝަކުވާކޮށްގެން ނުވާނެއެވެ. ސަރުކާރުން ހެދިހާއެއްޗެއް ހެދިގެން ރައްޔިތުން ނެތިއްޔާ ރައްޔިތުންގެ ކިބައިން ބަދަލުހިފާނެކަމަށް ރައީސް މުއިއްޒު އެބުނީ ވަރަށް ފާޅުގައެވެ.  

    މުއިއްޒު ބުނިގޮތުގައި ރާއްޖޭން ބަދަލު ހިފުމުގެ ރޫހު ނައްތާލެވިއްޖެއެވެ. ރައްޔިތުން މުއިއްޒު ބޭނުންވާ ގޮތުގައި ތިބިހާ ހިނދަކު ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެއެވެ. މުއިއްޒުގެ ފަރާތުން ބަދަލު ހިފުމުގެ ރޫހު ފެންނާނީ މުއިއްޒު ޖަހާހާ ބެރަކަށް ނުނަށަންޏާއެވެ.  

    ޕީއެންސީ ޖަގަހަ ހުޅުވުމައް ރޭ ބޭއްވި ހަފްލާގައި މުއިއްޒު ބުނެފައިވަނީ "ސިޔާސީ ބަދަލު ހިފުމެއް ނުހިފާނަން، ބަދަލު ހިފުމުގެ ރޫހު ނައްތާލަން ދިވެހި ރައްޔިތުން ބޭނުންވީ. އެކަން މިވަނީ މި ގައުމު މިހާރު ނައްތާލާފައި. ނުފެންނާނެ ބަދަލު ހިފުމުގެ ރޫހެއް މިގައުމަކުން. އަޅުގަނޑުމެންނާއެކީ ރައްޔިތުން ތިބިހާ ދުވަހަކުން މިގައުމުން ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެ. ނުފެންނާނެ މިދަންނަވަނީ، ނުފެންނާނޭ." ކަމަށެވެ. 
    ބަދަލު ހިފާނެ ގޮތްވެސް ރޭގައި މުއިއްޒު ކިޔާދިނެވެ. މުއިއްޒު ސަރުކާރުން ބަދަލު ހިފާނީ އަދުލު އިންސާފު ގާއިމު ކުރުމުގެ ނަމުގައެވެ. ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގެ ނަމުގައެވެ. ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގެ ނަމުގައި ފިޔަވަޅު އެޅުމަކީ ބަދަލު ހިފުމެއް ނޫންކަމަށް މުއިއްޒު ބުންޏެވެ. އުފައްދައިގެންވެސް ހެއްކާއެކީގައި މުއިއްޒު ކުރިމައްޗަށް މީހަކު މިހާރު ގެނަޔަސް އިސްވެ ފިޔަވަޅު އަޅާނެކަމަށް ބުނެ ގަދައަޑުން އިންޒާރު ކުރިއެވެ.
     
    ތެދެކެވެ. ނާޖާއިޒް ގޮތުގައި ބާރުގެ ބޭނުންކޮށް ގަވައިދާ ހިލާފަށް ކަންކަން ކުރުމުގެ ފުރުސަތެއް މުއިއްޒު ސަރުކާރަކު ނުއޮންނާނެއެވެ. މުއިއްޒު ސަރުކާރުގައި ކޮރަޕްޝަނާއި ވައްކަން ހިންގޭ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލު ކޮށްގެން ޖަރީމާތައް ފަތުއަޑު ކިޔާފާ ހިންގެން މުއިއްޒަށް މިވަގުތު އެބައޮތެވެ. މުއިއްޒު ސަރުކާރުގައި ކޮރަޕްޝަނާއި ވައްކަމަކަށް ފުރުސަތެއް ނޯންނާނެކަމަށް ވިދާޅުވާއިރު ކުރުމުއްދަތެއްގައި އެންމެ ކޮރަޕްޓް ސަރުކާރަކަށް ރާއްޖޭގެ ތާރީހުވެސް ދުށް ސަރުކާރަކީ މުއިއްޒު ސަރުކާރުކަން ކުޑަކުއްޖަކަށްވެސް އެނގެއެވެ.  

    އަދުލު އިންސާފު ގާއިމު ކުރުމުގެ ނަމުގައި މުއިއްޒު އަމާޒު ހިފާފައި ހުރީ ކުރީ ސަރުކާރުގެ އިސްވެރިން ހިފާ ހައްޔަރު ކުރުމަށެވެ. އެއްވެސް ބޭފުޅެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތިއެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ނަމުގައި ބަދަލު ހިފުމަށެވެ. އެތެރެހަށީގައި ރޯވެ އަނދަމުންދާ ބަދަލު ހިފުމުގެ ހުޅުގަނޑު އެންމެ ފަހުން ކެތްނުވެގެން ވަރަށް ފާޅުގައި މުއިއްޒު އެ ބޭރުކޮށްލީއެވެ.  

    އިދިކޮޅު ސިޔާސީ ވާދަވެރިކަމަށް ރާއްޖޭގައި މިހާރު ޖާގަ ނޯންނާނެ ކަމަށް އެބުނީއެވެ. ސަރުކާރާއެކީ މަސައްކަތްކޮށް މުއިއްޒަށް އިހުލާސްތެރިކަމުގެ އަތް ދިއްކުރާ މީހަކަށް ނޫނީ ރައްކާތެރިކަމެއް ނެތްކަމުގެ އިންޒާރު މުއިއްޒު ރައްޔިތުންނަށް ރޭގައި އެދިނީއެވެ. ހަގީގީ ގޮށްމުށުގެ ވެރިކަމަށް ފެށިއްޖެކަން ރަސްމީކޮށް އެވަނީ އިއުލާނުކޮށްފައެވެ. 

    ]]>
    Mon, 24 Jun 2024 11:30:21 +0500 ނިއުސް ޑެސްކް
    ޝަހީމަށް ހައްޖުވީ ކަންދެއްކުމުގެ ޗަރުކޭހަކަށް https://heerasnews.com/2557 https://heerasnews.com/2557 ހައްޖުން ކުރިހާ ވައްކަން ފޮރުވަން ބަޔަކު ބޮލުގައި ފޮށާ އޮޅުވައިގެން ނެރެ ގިރަނީ ރަނބައެވެ. ވަރުގެ ކޮޅަށް ހައްދައިގެން ރީތިހާ ލޮބީތަކުގައި މީހުން ބައިތިއްބައިގެން ވީޑިއޯކޮށްގެން ޖަހަނީ ކޮންސަކަރާތެއްކަން އެކަކަށްވެސް ނޯޅެއެވެ. 

    ދޮޅުހާ ހެއްހާ މީހުން ރާއްޖޭން މިއަހަރު ހައްޖަށް ދިޔައިރު ވަކި ދެތިން މީހެއްގެ ވީޑިއޯ ހަދައިގެން ކުރި ވައްކަމާއި ހައްޖާޖީންނަށް ޖެއްސިހާލުގައި މައްޗެއް ނޭޅޭނެއެވެ. ރާއްޖޭން ބަޔަކު ހައްޖަށް ދިޔައީ މިއަހަރު އެކަންޏެއް ނޫނެވެ. ހައްޖުވެރި ކައިބޮއެ ހޮޓާތަކުގައި ނިދާ އުޅުނީކީ އަލަކަށް ނޫނެވެ. ދަރުސް ދިނުމާއި މަގުދެއްކުމަކީ އަލަކަށް ކޮށްއުޅުން ކަމެއް ނޫނެވެ. ބަޔަކަށް މާއައުވެ ގަނެގެން އުޅޭނެ ކަމެއް ނެތެވެ.

    މަގުއޮޅޭ މީހުން ޑިވައިސެއްގެ ޒަރީއާއިން ހޯދަން ފެށީކީ ވެސް މި އަހަރަކު ނޫނެވެ. މަގު އޮޅުނު ސަތޭކަ މީހެއްގެ "ލޮކޭޝަން ޓްރެކް" ކުރިވާހަކަ ފޮނިވެފައި ދައްކަން ލަދު ނުގަންނަކަމެވެ. ސަތޭކަ މީހުނަށް މަގުއޮޅޭނީ ކިހާ ބޮޑަކަށް ނުބެލެހެއްޓިގެން ހެއްޔެވެ. ރަނގަޅަށް ހާޖީން ބެލެހެއްޓިނަމަ ސަތޭކަ މީހުނަށް މަގު އޮޅެގެން އުޅޭކަށް ނުޖެހޭނެއެވެ. 

    ހައްޖުވެރިންނަށް ކާންދިނުމަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގައި އޮތީވެސް ކޮރަޕްޝަނާ ފަސާދައެވެ. ހައްޖުވެރިންގެ ކަންކަން ހަމަޖެއްސުމަށް އެހީތެރިންގެ ގޮތުގައި ގެންދިޔަ ދެރަވަރު މީހުން ނިދާއުޅުނީ ދަންފަޅި ބަހައިގެންނެވެ. ދެރޭ ތިންރޭ ނުނިދާއުޅުނު މީހުން ތިއްބެވެ. 

    ހައްޖުވެރިންނަށް ދިވެހި ރަހަލިބޭ ކާބޯތަކެތި ހޯދުމަށް ހިންގާފައިވަނީ ކޮރަޕްޝަނެވެ. ހައްޖާޖީންނަށް ކާންދިނުމަށް ބޭނުންވާ މަސް ގަތުމުގައިވެސް ފުޅާ ދާއިރާއެއްގައި އޮތީ ކޮރަޕްޝަނެވެ. ބިޑު ކުރުމެއް އަގުބެލުމެއް ނެތެވެ. ހައްޖު ކޯޕަރޭޝަންގެ އިސް މީހުނަށް ބައިއަޅައިގެން ގާތް މީހަކު މެދުވެރިކޮށް ޖީބުތައް ފުރާލީއެވެ. 

    އަނެއްކޮޅުން އުލުހިޔާ ކަތިލިކަން ދެނަހުރި ހައްޖީޖީއަކު ހުރިކަމަކަށް ނުވެއެވެ. ހައްޖުވެރިންގެ ނަމުގައި އުލުހިޔާ ކަތިލަން ހަރަދުކުރީ ކިހާފައިސާއެއް ކަމެއް އެކަން ހަވާލުކުރީ ކާކާކަމެއް ދެނެހުރި މީހަކުވެސް ހުރިކަމަކަށް ނުވެއެވެ. ކުޑަމިނުން އުލުހިޔާ ކަތިލިކަމެއް ނޫން ކަމެއްވެސް ނޭނގޭ ކަމަށް ވެއެވެ. 

    ޖަމްރާއަށް ހިލައުކުމުގައިވެސް ކުރީ ވައްކަންކަމަށް އެކަން ދެނަހިރި ހައްޖާޖީން ބުނެއުޅެއެވެ. ހައްޖުގެ އަޅުކަމާ ގުޅޭ އެންމެ ކުދިކުދި ކަންކަމުން ފެށިގެން ކޮރަޕްޝަން ނުހިމެނޭ އެއްކަމެއްވެސް ނެތްކަމަށް ވެއެވެ. އިސްލާމިކް މިނިސްޓްރީގެ އެކްސް އެކައުންޓުގައި ރާގުރާގަށް މީހުން ލައްވާ ޑްރާމާ ކުޅުވިޔަސް ހައްޖުން ވައްކަން ނުކުރާ ކަމަކަށް ނުވާނެއެވެ. އެކަމަކު އެންޓި ކޮރަޕްޝަން ކަމިޝަނާއި އޮޑިޓަރ ޖެނެރަލް ތިބީ ނިދާފައެވެ. 

    އިސްލާމިކް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓްގައި ހުންނަ ޝަހީމްގެ ޗަރުކޭސް ވީޑިއޯތައް ބަލަމުން އަތްޖަހާނީ މުއިއްޒާއެކު ދައުލަތް ދަވާލައިގެން ބައިލިބޭ މީހުންނެވެ. ގިނަބަޔަކު އެވާހަކަތައް ގަބޫލެއް ނުކުރެއެވެ. ވާނީ އެހެން ނޫން ހެއްޔެވެ. މިފަހަރު ބޮޑު ހޭދަކޮށްގެން ހައްޖަށް ދިޔަ ގިނަ މީހުން އުޅުނީ ފިސާރި ދައްޗާ ތުރާލުގައެވެ. 

    ]]>
    Sun, 23 Jun 2024 15:46:23 +0500 ނިއުސް ޑެސްކް
    ފާމަސީތައް ހުއްޓެނީ! ލާރިކޮޅު ކޮބާ! https://heerasnews.com/2556 https://heerasnews.com/2556 މުޅި ރާއްޖޭގެ އެތަން މިތާނގައި އެއް އަޑަކުން ގޮވަމުން ދަނީ ލާރިކޮޅު ކޮބައިހެއްޔެވެ. ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބިގެން މީހުންގަނޑު ރޮއި ހޭރެނީއެވެ. ސަރުކާރުން ފައިސާ ނުދީގެން ދަރާވިކި އެތައް ހާސް ބަޔަކު ހަފުސްވަނީއެވެ. ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބިގެން އުޅެނީ ހަމައެކަނި މަސްވެރިންނެއް ނޫނެވެ.

    މަސައްކަތެއް ކުރުވާފައި ފައިސާއެއް ދެނީއެއް ނޫނެވެ. ހޯދާ ހިދުމަތަކަށް އަގުދައްކަނީއެއް ނޫނެވެ. ސިވިލްސާވިސް މުއައްޒަފުން މުޅި ދުވަހު މަސައްކަތުގައި ގާނުވާފައި އިތުރުގަޑިއެއް ދެނީއެއް ނޫނެވެ. މުއިއްޒުގެ އައުވާނުން ބައިއަޅައިގެން ދައުލަތް ދަވާލާ ނޮޅާކާއިރު ސަރުކާރުން މީހަކަށް ދޭންޖެހޭ އެއްޗެއް މުއިއްޒަށް ބައިނޭޅޭ ގޮތަށް ދިނުމަކީ އޮންނަކަމެއް ނޫންނެވެ.

    މަސްވެރިން ނިކުމެ މުޒާހަރާ ކުރާހެން އެހެން މީހުންވެސް މުޒާހަރާ ކުރާ ހިސާބަށް ވަނީ ގޮސްފައެވެ. މާކަންކަން ވާކަމަށް ހެދެން ވެގެން ސަރުކާރުން ހިލޭ ބޭސްފަރުވާ ކޮށްދިނުމުގެ ނަމުގައި އެހެން ބައެއްގެ ޖީބު ކަނޑާ ހުސްކޮށްފިއެވެ. އެ މީހުންނަށް ހަމަ ނޭވާލެވެން ނެތެވެ. އިންޑިއާ ލަންކާ ހޮސްޕިޓަލްތަކާއި ލެބޯޓަރީތަކަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ ވާހަކަ ބާއްވާފައި ރާއްޖޭގެ ކަންމަތީ ބޭސް ފިހާރަތަކަށް އެކަނި ބަލާލިޔަސް ފިތް ކަނޑައިގެން ދާހާވެއެވެ. 

    އާސަންދަ ހިދުމަތްދޭ އަމިއްލަ ބޭސް ފިހާރަތަކަށް އާސަންދައިން ދައްކަންޖެހި ނުދައްކާ އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް އެބައޮތެވެ. އާސަންދަ ލިބޭ ހޮސްޕިޓަލްތަކާއި ކުލިނިކްތަކާއި ލެބޯޓަރީތަކުން އާސަންދަ ހަދާދީފައި އޮންނަނީ ފަހަށް ރައްކާކުރެވޭ އިންވެސްޓްމަންޓަކަށެވެ. ބަލިމީހާގެ އަތުން އާސަންދައާއި އެއްވަރުގެ އަގެއް ދޭ ހިދުމަތަށް ވަގުތުން ނަގާތީ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ކިތަންމެ ރަނގަޅަކަށްވެސް އެމީހުން ހަމަޖައްސައެވެ. ކިތަންމެ ލަހުން ފައިސާ ލިބުނަސް ހޮސްޕީޓަލްތަކާއި ކުލިނިކްތަކަށް މާބޮޑު މައްސަލައަކަށް ނުވެއެވެ.

    އާސަންދަ ލިބޭ ހޮސްޕިޓަލްތަކާއި ކުލިނިކްތަކާއި ލެބޯޓަރީތަކަށް މާބޮޑު މައްސަލައަކަށް ނުވިޔަސް ހޮސްޕިޓަލަކާއި ކުލިނިކަކާ ގުޅުމެއްނެތް ފާމަސީތަކަށް އެކަމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ވަރަށް ބޮޑު އަނިޔާއެކެވެ.

    ހަމަތެދެކެވެ. އާސަންދައިން އެންމެ ލާރިއެއް ނުދޭތާ ހަމަސް ދުވަސްވީ އެތައް ފާމަސީއެއް އެބަހުއްޓެވެ. ދަރަންޏަށް އާސަންދައަށް ބޭސް ދޫކޮށްކޮށް ކުދި ބޭސް ފިހާރަތަކުގެ ވަތްގަނޑު ހުސްވެ އަލުން ބޭސް ގަނެވޭނެ ފަދަ ނެތިފައި އެތިބީ އެތައް ބޭސް ފިހާރައެކެވެ. އެހެން ނަމަވެސް ސަރުކާރުން އަޅާކަހާނުލައެވެ. 

    ކްލިނިކެއް ނުވަތަ ހޮސްޕީޓަލަކާ ގުޅިފައިނެތް އެއްވެސް ބޭސް ފިހާރައެއްގެ މުއައްޒަފުންނަށް މަހުން މަހަށް މުސާރައެއް މިހާރު ނުދެވެއެވެ. ހުސްވާ ބޭހަށް ބޭހެއް ނުގަނެވެއެވެ. ތަނުގެ ކުއްޔެއް ނުދެއްކެއެވެ. އެންމެ ފަހުން ދަރާ ބޯހިކެން ނެތިގެން ބޭސް ފިހާރައިގައި ތަޅުއަޅުވަން ޖެހިފައިވަނީ އެއް ތަނެއް ދެ ތަނެއް ނޫނެވެ. ސަރުކާރުން ކުދި ވިޔަފާރިތައް ދަރަނިވެރި ކުރުވާ ބަނގުރޫޓްކޮށް އިނދަޖައްސާލަނީއެވެ.

    ބަނގުރޫޓް ވެގެން ބޭސް ފިހާރައިގައި ތަޅުއަޅުވާލުމަކުން ނިމެނީއެއް ނޫނެވެ. އާސަންދައިން ލިބެންޖެހޭ ފައިސާއިން ހަތަރުއަނާއެއްހާ ހިސާބުވެސް ނުދޭތާ މީރާގެ ޒާތްޒާތުގެ ޓެކްސްތަކާއި ޖުރިމަނާތައް ފަހާ ދުވަންފަށައެވެ. އާސަންދައިން ފައިސާ ނުދީގެން ދަރަނިވެރިވެ ކޯޓަށް ދަމަން ފަށައެވެ. އެންމެ ފަހުން ގޭންގްތަކުގެ ޝިކާރައަކަށް ބޭސްފިހާރަ ހިންގި ރައްޔިތުމީހާ ވެގެންދެއެވެ. ސަރުކާރަށް ވަރިހަމަތާއެވެ. 

    ]]>
    Sun, 23 Jun 2024 11:17:00 +0500 ނިއުސް ޑެސްކް
    ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެގޮތް މިއޮތީ! https://heerasnews.com/2554 https://heerasnews.com/2554 ނަމާދު ގަސްރުކުރުމާއި ޖަމްއުކުރުމަކީ އިސްލާމްދީނުގައި މުސްލިމުންނަށް ދެއްވާފައިވާ ލުޔެކެވެ. ކޮންމެ މުސްލިމަކަށްވެސް ނަމާދު ޖަމްއުކުރާށައި ގަސްރުކުރަން އެނގުމަކީ މުހިންމު ކަމެކެވެ. ރަނގަޅަށް މިކަން ފަހުމުވުމަށްޓަކައި ޖަމްއުކުރުމާއި ގަސްރުކުރުމުގެ ތިންގޮތެއް ބަޔާންކޮށްލަމެވެ.  

    1- ހަމައެކަނި ޖަމްއުކުރުން

    2- ހަމައެކަނި ގަސްރުކުރުން

    3- ގަސްރު ޖަމްއުކުރުން

    • ހަމައެކަނި ޖަމްއުކުރުން

    ޖަމްއުކުރުމަކީ ދެ ނަމާދެއް އެއްވަގުތެއްގައި ކުރުމެވެ. ޖަމްއު ދެގޮތަކަށް ކުރެވެއެވެ.

    ހ- އިސްކޮށް ޖަމްއުކުރުން

    ށ- ފަސްކޮށް ޖަމްއުކުރުން

    ނަމާދު ޖަމްއުކުރުން، ޢުޒުރުވެރިންނަށް ހުއްދަވެގެންވެއެވެ. މުހިއްމު ޑިއުޓީތައް އަދާކުރާ ފަރާތްތައް ކަމުގައިވާ ޑޮކްޓަރުންނާއި ނަރުހުންނާއި، ސިފައިންނާއި ފުލުހުންނާއި އެއަރޕޯރޓްގައި ހިދުމަތްދޭ ބައެއް މުވައްޒަފުންނާއި، ދަތުރު ފަތުރު ކުރަންޖެހޭ މީހުންނާއި، ތަހާރަތުގައި ތަކްލީފު އުފުލަންޖެހޭ ބަލިމީހުންނަށްވެސް އަދި ދިމާވާ ބައެއް ހާލަތްތަކުގައި މީހުންނާއި އެނޫންވެސް މީހުނަށް ނަމާދު އޭގެ ވަގުތުގައި ކުރުމަށް ޢުޒުރުވެރިވާ ހާލަތުގައި ޖަމްއުކުރުން ހުއްދަވެގެން ވެއެވެ.

    މިސާލެއް:

    އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޑިއުޓީ ފެށެނީ 1 ޖަހާއިރުއެވެ. ޑިއުޓީ ނިމެނީ 9 ޖަހާއިރުއެވެ. ނަމާދު ކުރާނެ ބްރޭކް ނުލިބި މަސައްކަތްކުރަން ޖެހޭނަމަ މި ޑޮކްޓަރު ކަންތައް ކުރާނީ އަންނަނިވި ގޮތަށެވެ.

    • މެންދުރު ނަމާދު ކުރާ ވަގުތު މެންދުރު ނަމާދާއެކު އަސްރު ނަމާދު ޖަމްއުކޮށްލުން.

    ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ ހަތަރު ރަކްއަތެވެ. ދެން ގަމަތްދޭނީއެވެ. ގަމަތް ދީފައި ކުރާނީ އަސްރު ނަމާދުގެ ހަތަރު ރަކްއަތެވެ.

    މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު އިސްކޮށް ޖަމްއުކުރުމެވެ. މި ހާލަތުގައި ޑޮކްޓަރު އެ ކުރީ މެންދުރު ނަމާދާއި އަސްރު ނަމާދު އިސްކޮށް ޖަމްއުކޮށެވެ.

    • މަގުރިބް ނަމާދާއި އިޝާ ނަމާދު ޖަމްއުކޮށްލުން. 

    އިޝާ ނަމާދުގެ ވަގުތުވުމުން ( މި ހާލަތުގައި 9 ޖެހުމުން، ޑިއުޓީ ނިމުމުން) ބަންގި ދީފައި ފުރަތަމަ ކުރާނީ މަގުރިބް ނަމާދުގެ ތިން ރަކްއަތެވެ. ދެން ސަލާމް ދީފައި ގަމަތްދޭނީއެވެ. ގަމަތް ދީފައި ކުރާނީ އިޝާ ނަމާދުގެ ހަތަރު ރަކްއަތެވެ. މިގޮތަށް ޖަމްއުކޮށް ކުރުމަށް ކިޔަނީ ނަމާދު ފަސްކޮށް ޖަމްއުކުރުމެވެ. މި ހާލަތުގައި ޑޮކްޓަރު އެ ކުރީ މަގްރިބް ނަމާދާއި އިޝާ ނަމާދު ފަސްކޮށް ޖަމްއުކޮށެވެ.

    • ޖަމްޢުކުރެވޭ ނަމާދު ތައް:
    1. މެންދުރު ނަމާދާއި އަސްރު ނަމާދު (4+4)
    2. މަގުރިބް ނަމާދާއި އިޝާ ނަމާދު (3+4)

    ނަމާދު ޖަމްއުކުރާ އިރު އިސްކޮށް ކުރި ނަމަވެސް ފަސްކޮށް ކުރި ނަމަވެސް އަބަދުވެސް ނަމާދު ކުރާނީ ތަރުތީބުންނެވެ. އެގޮތުން މެންދުރު ނަމާދުގެ ވަގުތުގައި ޢަސްރު ނަމާދު އިސްކޮށް ޖަމްއު ކުރާނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. އޭގެ ފަހުގައި ޢަސްރު ނަމާދެވެ. އަދި ހަމަ އެހެންމެ، ޢަސްރު ނަމާދުގެ ވަގުތުގައި މެންދުރު ނަމާދު ފަސްކޮށް ޖަމްއުކުރާ ނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. ދެން އަސްރު ނަމާދެވެ. މަގްރިބް ނަމާދުގެ ވަގުތުގައި އިޝާ ނަމާދު އިސްކޮށް ޖަމްއުކުރާނަމަ ފުރަތަމަ ކުރާނީ މަގުރިބް ނަމާދެވެ. އިޝާ ނަމާދު ކުރާނީ އޭގެ ފަހުގައެވެ. އަދި އިޝާ ނަމާދުގެ ވަގުތުގައި މަގުރިބް ނަމާދު ކުރާނަމަ އެންމެ ފުރަތަމަ ކުރާނީ މަގުރިބް ނަމާދެވެ. އިޝާ ނަމާދު ކުރާނީ އޭގެ ފަހުންނެވެ.

    ދަތުރުވެރިޔަކަށް ނުވާހިނދު، ކުރިން ބަޔާންވެދިޔަ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހަމައެކަނި ޖަމްއުކުރާނީއެވެ. ޖަމްއާއެކު ގަސްރުކުރާނީ ދަތުރުވެރިޔަކަށް ވުމުންނެވެ.

    • ހަމައެކަނި ގަސްރުކުރުން

    މިއީ ކޮންމެ ނަމާދެއް އެ ނަމާދެއްގެ ވަގުތުގައި އެހެން ނަމަވެސް ކުރު ކުރެވޭ ނަމާދުތައް ކުރުކޮށްގެން ކުރުމެވެ.

    • މެންދުރުނަމާދު އެ ނަމާދުގެ ވަގުތުގައި 2 ރަކްއަތްކުރުން
    • އަސްރުނަމާދު އެ ނަމާދުގެ ވަގުތުގައި 2 ރަކްއަތް ކުރުން
    • އިޝާނަމާދު އެ ނަމާދުގެ ވަގުތުގައި 2 ރަކްއަތް ކުރުން

    މެންދުރު ނަމާދާއި އަސްރުނަމާދު އަދި އިޝާނަމާދު ފިޔަވައި އެހެން ނަމާދެއް ގަސްރެއް ނުކުރެވޭނެއެވެ. ގަސްރު ކުރެވޭނީ ހަމައެކަނި ދަތުރުވެރީންނަށެވެ.

    • ގަސްރު ޖަމްއުކުރުން

    ގަސްރު ޖަމްއުކުރުމަކީ ނަމާދު ގަސްރު ކުރުމާއެކު ޖަމްއުވެސް ކުރުމެވެ.

    • އިސްކޮށް ގަސްރު ޖަމްއުކުރުން 

    އިސްކޮށް ގަސްރު ޖަމްއުކުރާ ގޮތް:-

    1. މެންދުރު ނަމާދުގެ ވަގުތުގައި، މެންދުރު ނަމާދުގެ ދެ ރަކްއަތްކޮށް ސަލާމްދީ ގަމަތް ދިނުމަށްފަހު އަސްރު ނަމާދުގެ ދެރަކްއަތް ކުރުން.
    2. މަގުރިބް ނަމާދުގެ ވަގުތުގައި، މަގުރިބް ނަމާދުގެ ތިން ރަކްއަތްކޮށް ސަލާމްދީ، ގަމަތް ދިނުމަށްފަހު އިޝާ ނަމާދުގެ ދެ ރަކްއަތް ކުރުން
    • ފަސްކޮށް ގަސްރު ޖަމްއުކުރުން

    ފަސްކޮށް ގަސްރު ޖަމްއުކުރާ ގޮތް:-

    1. އަސްރު ނަމާދުގެ ވަގުތުގައި، މެންދުރު ނަމާދުގެ ދެ ރަކްއަތްކޮށް ސަލާމްދީ ގަމަތް ދިނުމަށްފަހު އަސްރު ނަމާދުގެ ދެރަކްއަތް ކުރުން
    2. އިޝާ ނަމާދުގެ ވަވަތުގައި، މަގްރިބް ނަމާދުގެ ތިން ރަކްއަތްކޮށް ސަލާމްދީ، ގަމަތް ދިނުމަށްފަހު އިޝާ ނަމާދުގެ ދެ ރަކްޢަތް ކުރުން

    މުހިއްމު ބައެއް ނުކުތާ:

    ހ- ނަމާދު ހަމައެކަނި ޖަމްއުކުރުމަކީ ބޮޑު ހާޖަތެއް މެދުވެރިވެގެން ނަމާދު އޭގެ ވަގުތުން ފާއިތުވެދާނެނަމަ، ދަތުރުވެރީން ނޫން މީހުންނަށްވެސް ލިބިގެންވާ ލުއިފަސޭހަކަމެކެވެ.

    ށ- ނަމާދު ގަސްރު ކުރުމަކީ ހަމައެކަނި ދަތުރުވެރިންނަށް ލިބިގެންވާ ލުއިފަސޭހަކަމެކެވެ.

    ނ- ދަތުރުވެރީންނަށް އެންމެ ރަނގަޅު ގޮތަކީ ނަމާދުތައް ގަސްރުކޮށް ކުރުމެވެ. އަދި ހާޖަތެއް މެދުވެރިވެއްޖެނަމަ ގަސްރު ޖަމްއުކޮށް ކުރުމެވެ. އެއީ އިސްކޮށް ނުވަތަ ފަސްކޮށެވެ. އަދި ރަށުގައި ގާއިމުވެހުރި އިމާމެއްގެ ފަހަތުގައި ނަމާދު ކުރާނަމަ، ނަމާދުތައް ފުރިހަމަ ކުރާނީއެވެ. މިސާލަކަށް އެފަދަ އިމާމެއްގެ ފަހަތުގައި އިޝާ ނަމާދު ކުރާނަމަ ކުރާނީ 4 ރަކުއަތެވެ. އަދި ސުންނަތް ގޮތަކީ ދަތުރުވެރިއެއް ނަމަ ރަވާތިބު ސުންނަތްތައް ދޫކޮށްލުމެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކްއަތް ފިޔަވައެވެ. ރަސޫލާ ދަތުރުވެރިއެއްކަމުގައި ވެވަޑައިގެންނެވި އިރުވެސް ފަތިސްނަމާދުގެ އިހު ސުންނަތް ދުލެއް ނުކުރައްވައެވެ.

    ރ- ދަތުރުވެރިޔާއަށް އެންމެ މޮޅުއިތުރު ގޮތަކީ ދަތުރުމަތީގައި ނަމާދު ގަސްރު ކުރުމެވެ. އަދި ބައެއް ޢިލްމުވެރިން (އިމާމު އަބޫ ހަނީފާ އަދި އިބްނު ހަޒްމު) ވިދާޅުވާގޮތުގައި ދަތުރުމަތީގައި ނަމާދު ގަސްރުކުރުމަކީ ވާޖިބެކެވެ. އަނެއްބައި އިލްމުވެރިން (އިމާމު އަހުމަދު އަދި އިބްނު ތައިމިއްޔާ) ވިދާޅުވާގޮތުގައި ދަތުރު މަތީގައި ނަމާދު ގަސްރު ނުކޮށް ކުރުމަކީ މަކްރޫހަކަމެކެވެ.

    • ދަތުރުވެރިޔަކު ނަމާދު ގަސްރުކުރާއިރު ސީދާ ގަސްރުކުރުމަށް ނިޔަތް ނުގަތަސް ރަނގަޅުވާނެއެވެ. އެހެނީ ދަތުރުވެރިޔާގެ އަސްލަކީ ގަސްރު ކުރުމެވެ. މާނައަކީ ދަތުރުވެރިޔަކު މެންދުރު ނަމާދު ކުރުމަށް ނިޔަތް ގަތުމުން އެ ނިޔަތްގަނެވުނީ މެންދުރު ނަމާދު ގަސްރު ކުރުމަށެވެ. ގަސްރުކުރެވޭ އެހެން ނަމާދު ތަކުގައިވެސް އޮންނާނީ ހަމަ މި އުސޫލެވެ. ސީދާ ނަމާދަށް ނިޔަތް ގަތުމުން ފުދޭނެއެވެ. 
    ]]>
    Fri, 21 Jun 2024 13:29:45 +0500 ނިއުސް ޑެސްކް
    މިލިއަނަކަށްވުރެ ގިނަމީހުން ހިޔާވަހިކަން ހޯދި ރަފާހުގައި މިހާރު ތިބީ އެންމެ 65000 މީހުން! https://heerasnews.com/2553 https://heerasnews.com/2553 އިޒްރޭލުގެ އަސްކަރިއްޔާގެ ލާއިންސާނީ އަނިޔާތަކާއި ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި ރަފާހަށް އެއް މިލިއަނަށް ވުރެ ގިނަ މީހުންއައެވެ. ރައްކާތެރި ހިޔާވަހިކަން ރަފާހުން ހޯދަމުން އައި މީހުންގެ ތެރެއިން ފަލަަސްތީނުގެ ރަފާހްގައި މިހާރު ތިބީ 65،000 މީހުން ކަމަށް އދގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާ (ޔޫއެންއާރުޑަބްލިއުއޭ) އިން ލަފާކުރެއެވެ.

    އިޒްރޭލުގެ ސިފައިންގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ރަފާހުން ވެސް ރެފިއުޖީންނަށް ރައްކާތެރިކަން ނުލިބި ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އެތައް ބަޔަކުވަނީ ރައްކާތެރިތަނެއް ހޯދުމަށް ރާފާހުން ފައިބާފައެވެ.   

    އަނެއްކާވެސް އިޒްރޭލުގެ  ޓޭންކްތަކާއި ޑްރޯންތައް ރަފާހުގެ ހުޅަނގު އަވަށްތަކަށް ވަނީ ވަދެގަނެފައެވެ. މިވަދެގަތް ވަދެގަތުމުގައި ހަމަލާތައް އަމާޒުކުރީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ މީހުންނަށެވެ. އެހީ ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 9 މީހަކު ޝަހީދުވެ، 30 މީހަކު ޒަހަމްވެއްޖެއެވެ.

    ގައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 35 މީހަކު ޝަހީދުވެ، 130 މީހުން ޒަހަމް ވެފައިވެއެވެ.

    އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި "ހަމާސް އަކީ ފިކުރެއް" އަދި އެ "ފިކުރެއް ނައްތާލެވޭކަށް ނެތް" ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ހަމާސް ބަލި ކުރެވެންދެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމާނުލާނެ ކަމަށް އޭނާ ބުންޏެވެ.

    ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 37،431 މައުސޫމް ރައްޔިތުން ޝަހީދުވެ، 85،653 މީހުން ޒަހަމްވެފައިވެއެވެ.

    ]]>
    Fri, 21 Jun 2024 11:06:15 +0500 ނިއުސް ޑެސްކް
    މާލޭމީހުނަށް ގޯތިދިނުމާ ދެކޮޅު ކެންޕޭނެއް މުއިއްޒު ހިންގަނީ! https://heerasnews.com/2552 https://heerasnews.com/2552 ރިޔާސީ އިންތިހާބާ ދިމާކޮށް މާލޭގެ 500 ވަރަކަށް އާއިލާއަށް ހުޅުމާލެއިން އެތަށް ބިލިއަން ރުފިޔާގެ ބިން ނިމިދިޔަ ސަރުކާރުން ހިލޭ ބަހާލި ކަމަށް މާލޭގެ 9000 އާއިލާއަށް ގޯތި ދިނުމާދެކޮޅު ކެންޕޭނެއް ޑރ. މުއިއްޒު ފަށައިފިއެވެ. ވަރަށް ހީލަތްތެރިކަމާއެކު ވަރުގަދަ މީޑިއާ ކެންޕޭނެއް މުއިއްޒު ބޮޑު ހަރަދުކޮށްގެން އެބަކުރެއެވެ. 

    ވައިގަ ހިއްޕަން އުޅެނީ މަދު ބަޔަކަށް ހިލޭ ބިންތަކެއް ދީގެން ބަޔަކު މުއްސަދި ކުރަން ބަޔަކު އުޅުނު ކަމުގެ ވާހަކައެވެ. ބޭނުމަކީ ފަޒުލުމެން ލައްވާ ބޮޑުއަގުގައި ވިއްކާ ވިޔަފާރިކުރަން ބިންތައް މުއިއްޒު ބޭއްވުމެވެ. ޗަންޕާއާއި ގާސިމާއި ސަަން ސިޔާމާއި ކޮލިގޭގެ ކުދިންގެ އަތްމަތީގައި ރާއްޖޭގެ މުއްސަދިކަން ބާއްވާ ދިނުމެވެ. މާލޭގެ ނިކަމެތި ރައްޔިތަކު ހިންދަމާލިޔަ ނުދިނުމެވެ. 

    އެކި ފަހަރު އެކި ބަހަނާ ދައްކައިގެން ލަސްކޮށް ފަސްކޮށް މީހުން ރުޅިއަރުވައިގެން އެއްވާނަކަށް މާލޭ މީހުނަށް ގޯތި ދިނުމާ ދެކޮޅު ރޫހެއް އުފައްދާ ވައިގައި ހިއްޕުމަކީ މުއިއްޒުގެ އަމާޒެވެ. މަގާއި މައިހޮޅިތަކުގެ މައްޗަށް ގޯތިތައް އަރާވާހަކަ އަކީ އޭގެން އެއް ވާހަކައެވެ. ކަނޑުން ގޯތި ދީގެން އުޅޭ ކަމުގެ ވާހަކަ އަކީ އަނެއް ވާހަކައެވެ. ލޭންޑް ޔޫސް ޕްލޭންގެ ވާހަކައަކީ އަނެއް ވާހަކައެވެ. މަގާ ގޯޅިއާއި މިސްކިތާއި ޕާރކާއި ފިހާރައާއި ކެފޭ ނެތް ވާހަކަ އަކީ ވެސް ވާހަކައެކެވެ.  އަސާސީ ހިދުމަތްތައް ދިނުމުގެ ވާހަކަ އަކީ އަނެއް ވާހަކައެވެ. ބިން ހިއްކުމާއި ގޯތިތައް ބަދަލު ކުރުމުގެ ވާހަކައަކީވެސް ލަސްކޮށް ފަސްކުރަން ދައްކާހާ ބަހަނާއެވެ.

    އެހެނެއް ކަމަކު މިހާރަކު އުޅެނީކީ ލަސްކޮށް ފަސްކުރާކަށް ވެސް ނޫނެވެ. މާލެ މީހުނަށް ގޯތި ނުދޭށެވެ. ދައުލަތުން ލޯނު ނަގައިގެން ހިއްކާފައިވާ ބިމަކުން ވަކިބަޔަކަށް ގޯތި ދިނުމަކީ އިންސާފުން ކުރެވޭ ކަމެއް ނޫންކަމަށް ދައްކައިގެން އެކަމަށް ބާރު ލިބޭގޮތަށް ކަންކަންކޮށް ވާހަކަ ފަތުރައިގެން ގޯތި ދިނުން ހުއްޓާލުމަކީ މުއިއްޒުގެ މިހާރުގެ އަމާޒެވެ. 

    މާލެސަރަހައްދުން 9000 ގޯތި ދިނުމަކީ އެޗްޑީސީއަށް އެތައް މިލިޔަނަކުން ގެއްލުމެއް ލިބޭ ކަމެއް ކަމަށް ބުނުވާ އޯޑިޓް ރިޕޯޓެއް ނެރުވައިފިއެވެ. ލޯނު ނަގައިގެން އާމްދަނީ ނުލިބޭ ކަމަކަށް ރާއްޖޭގައި ކުރާހަވެސް ކަމަކި މާލޭ މީހުނަށް ގޯތި ދިނުމޭ ހީވެއެވެ. އޯޑިޓަށްވެސް ސަރުކާރަށްވެސް ނެނގުނު ކަމަކީ އެޗްޑީސީއަކީ ދިވެހި ރައްޔިތުންނަށް ހާއްސަކޮށް މާލޭ ސަރަހައްދުގެ ބޯހިޔާވަކަން ހައްލުކުރަން އުފެއްދި ކުންފުންޏެއް ކަމެވެ. އެޗްޑީސީއަކީ މާލެ ސަރަހައްދުގެ ބިންތަކުން ވިޔަފާރިކުރަން އުފެއްދި ކުންފުންޏެއް ނޫންކަން އެނގޭކަމަކަށް ނުހެދިއެވެ. އެޗްޑީސީއަށް ބިމުގެ ވިޔަފާރި ކުރުމަށް ޖާގަދިނީ ރައްޔިތުންނަށް ބީހިޔާވަހިކަން ހޯދާދިނުމަށް އެކުންފުނީގެ ގާބިލުކަން އިތުރު ކުރުމަށެވެ. އެޗްޑީސީގެ ފުރަތަމަ މޭންޑޭޓަކީ ބިމުން ވިޔަފާރިކޮށް ބޮޑުފައިދާ ހޯދުމެއް ނޫނެވެ. އެހެން ނޫނަސް މާލޭ މީހުނަށް ގޯތިދިނުމަށް ކަނޑައެޅުނު ސަރަހައްދުގެ ބަދަލުގައި އެޗްޑީސިއަށް ފަޅުތަކެއް ވަނީ ދީފައެވެ. ގެއްލުމުގެ ވާހަކަ ދައްކާއިރު އެ ވާހަކަ ސަރުކާރުން ދައްކަނީ ވައި އަޑުންނެވެ.  

    ހަމަ އެހެންމެ މާލޭން ގޯތި ލިބުނު މީހުންގެ ތެރޭގައިވެސް އެކި ކަހަލަ ފިތުނަވެރި ވާހަކަތައް ފަތުރައިގެން އެމީހުންގެ ތެރެ ރޫލާލުމަކީވެސް ރޭވިގެން ހިންގާ ހަރަކާތެކެވެ. ގޯތި ލިބުނު ބައެއް މީހުންގެ އަމަލާ ބަސްމަގުން އެކަން ކިތަންމެހާވެސް ސާފުވާނެއެވެ. ވިސްނާ ފިކުރުކުރާށެވެ. ގަސްކަނޑާލަން ފަސޭހަވާނީ ގަހުގެވެރިޔާ ރުއްސައިގެންނެވެ. 

    ހެދުނު އެއްޗެއް ހަދައިގެން މުއިއްޒު އުޅެނީ މާލޭގެ 9000 އާއިލާއާއި އެ އާއިލާތަކާ ގުޅިފައިވާ ބައިލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް އަނިޔާވެރިވާށެވެ. 9000 އާއިލާއަށް 9000 ގޯތިދިނުމަކީ ޖަރީމާއަކަށް ހަދާ ގޯތިދިނުން ހުއްޓުވާލިޔަ ދީގެންނުވާނެއެވެ. އެކި ފަހަރު އެކި ބަހަނާ ދައްކައިގެން ލަސްކޮށް ފަސްކުރަން ކެރެނީ އެކަންކަމަށް ހެއްލި ފުރުސަތު ދޭތީއެވެ. 9000 އައިލާ ހައްގު ހޯދަން ކޯޓަށްވެސް ދާންވީއެވެ. މަގުމައްޗަށްވެސް ނިކުންނަންވީއެވެ. މުޒާހަރާވެސް ކުރަންވީއެވެ. ގޯތިތައްް ނުދިއެއް މުއިއްޒަކަށް ފަރަކު ނުޖެއްސޭނެއެވެ. 

    ]]>
    Thu, 20 Jun 2024 13:11:47 +0500 ނިއުސް ޑެސްކް
    ދިވެހިން ކުރިންވީ ފުރިހަމަ ހައްޖެއްނޫން: ޝަހީމް https://heerasnews.com/2551 https://heerasnews.com/2551 ކިހާދެރަ ހެއްޔެވެ. ވޭތުވެދިޔަ އެތައް ޒަމާނެއްގައި ދިވެއްސަކަށް މިއަހަރު ނޫނީ ފުރިހަމަ ހައްޖެއްވެވުނު ކަމަކަށް ނުވެއެވެ. މަބްރޫރު ހައްޖު ޖެހި ބިލްބޯޑެއް ކުރިމަތީހުރެ ފޮޓޯނަގައިގެން ހުޅުލޭން ފެށި ދަތުރުގައި މި އަހަރުވީ ހައްޖު ނޫނީ ފުރިހަމަ ހައްޖެއް ދިވެއްސަކަށް ވެވުނު ކަމަކަށް ނުވެއެވެ. ކިހާދެރަ ހެއްޔެވެ. 

    ޑރ. ޝަހީމްގެ ހުރި ނުބައި ނުލަފާކަމާއެވެ. ލަދެއްހަޔާތެއް ނެތްކަމާއެވެ. ބިރެއްކަމެއް ނުގަންނަ ކަމާއެވެ. އިސްލާމް ދީނުގެ އެންމެ ބޮޑު އެއް ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަމާ ގުޅުވައިގެން މަތިމައްޗަށް އޮޅުވާލަނީއެވެ. ދޮގު ހަދަނީއެވެ. ހަމަ ރަނގަޅަށްވެސް އިސްލާމީ ކަންތައްތަކާ ނިކަން ރަނގަޅަށް ޑޮކްޓަރ ޝަހީމް އެބަ ބެހެލައެވެ. 

    މިއަހަރުގެ ހައްޖުގެ މަނާސިކުތައް ނިމުމާއިއެކު ހައްޖުގެ މަތިވެރި އަޅުކަންކުރެވޭ މާތްވެގެންވާ ބިމުގައި ހުރެވެސް އުޅެގަތީ ނޫސްތަކުން ފަލަ ސުރުހީ ހޯދާށެވެ. މަތިމައްޗަށް އޮޅުވާލާ ދޮގު ހަދަމުންނެވެ. ހީވަނީ އެހެން ބަޔަކު ނުކުރާ އައުކަމެއް ކުރެވިގެން އުޅޭހެންނެވެ. މީހެއްގައި ހުރި ނުބައިނުލަފާކަމާއެވެ. ލަދުހަޔާތް ނެތްކަމާއެވެ. ބިރެއް ކަމެއް ނުގަންނަ ކަމާއެވެ.

    ދިވެހިން މިހާތަނަށްް ކުރި އެންމެ ފުރިހަމަ ހައްޖަކީ މި އަހަރުގެ ހައްޖުކަމަށް ޑރ. ޝަހީމް ސިފަކުރިއިރު އެކަން އޮތީ އެހެން ނޫންކަން ނޭގެނީ ކާކަށް ހެއްޔެވެ. އަމިއްލަ ޖަމާއަތްތަކުން ކުރިއިރަށްވުރެ ގިނަ ކަންކަން ހައްޖުކޯޕަރޭޝަނުން ކުރީ ގޯސްކޮށެވެ. އައު ކުކުޅަކަށް އެޅުނީ ގައުބިހަކަސް ބިހެއް އަޅައިފިއްޔާ ކުކުޅު ގޮވާނެތާއެވެ. 

    ކުރެވުނު މޮޅުކަމެއް ކަމަށްބުނެ ޝަހީމް އެެންމެ ފުރަތަމަ ފާާހަގަކުރީ ފެންވަރު ރަނގަޅު ކާނާ ދިވެހި ހާޖީންނަށްް ފޯރުކޮށްދިން ވާހަކައެވެ. ޝަހީމަށް އައުކަމަކަށް މިކަން ވެގެން އުޅުނަސް މީގެ ކުރިންވެސް ހައްޖާޖީންނަށް ކާންދެނީ ނިކަން ރަނގަޅަށެވެ. ދިވެހި ހައްޖުވެރިންނަށް ދިވެެހި ރަހަތައް ހިމަނައިގެން މީރު ކެއުން ބުއިން ހައްޖު ގުރޫޕްތަކުން ދިނެވެ.  

    އަޖައިބެއް ނުވާނެހެއްޔެވެ. ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށްބުނެ ފޮނިކަނޑަނީ އެއީ މީގެކުރިންވެސް ނިކަން ރަނގަޅަށް ކޮށްދެމުން އައިކަމެކެވެ. ޑައިލެލިސްއޭ ކެންސަރޭ ހިތުގެ ބައްޔޭ ކިޔައިގެން މާ އިމޯޝަނަލް ވާނެކަމެއް ނެތެވެ. މީގެކުރީންވެސް ފެންވަރު ރަނގަޅު ދިވެހި ޑޮކްޓަރުންނާއި އެކު ސިއްހީ ފަރުވާ މަތީ ފެންވަރެއްގައި ނުދެވޭ ގޮތަކަށް ރާއްޖޭން ދުވަހަކުވެސް މީހުން ހައްޖަށް ފޮނުވާފައެއް ނުވެއެވެ. އަނެއްކޮޅުން އެއްވެސް ހާޖީއެއް ބަލިވެ އެޑްމިޓްކޮށް ފަރުވާ ދޭން ޖެހިއްޖެނަމަ އެ ހާޖީއަކު ފަރުވާއަށް ފަހު ދޫކޮށްލަންދެން އޭނާގެ ހުރިހާކަމެއް ބަލަހައްޓާނީ ސައުދީ ސަރުކާރުންނެވެ. މިއަހަރުވެސް ސައުދީ ސަރުކާރުން އެކަން ނިކަން ރަނގަޅަށް އިންތިޒާމް ކޮށްފައި އޮތެވެ. އެއްޔަކީ މުއިއްޒާ ޝަހީމުގެ މޮޅުކަމުން ރޭވި ހިނގަމުން އަންނަކަމެއް ނޫނެވެ. 

    އެންމެ ހެއްވަކަމަކީ އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތްކަމާއި ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނުކަމަށް ޝަހީމް ބުނުމެވެ. އަރަފާތަށް ނުވަދެވޭ މީހަކަށް ހައްޖު ނުލިބޭއިރު މަރަށް ފުރަނައަށްވެސް ކޮންމެ ހާޖީއަކުވެސް އަރަފާތަށް ގެންދެވޭތޯ ނުބަލާނީ ކޮންބައެއް ހެއްޔެވެ. އެޑްމިޓްްކުރެވިފައިވާ ބަލި މީހުންވެސް އަރަފާތަށް ގެންދެވެއެވެ. އެޑްމިޓްްކުރެވިފައިވާ ބަލި މީހުން އަރަފާތަށް އުފުލުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަނީ ސައުދީ ސަރުކާރުންނެވެ. ޝަހީމުގެ މޮޅުކަމަކުންނެވެ. 

    100 އެއް ހާ ހާޖީން މަގު އޮޅުނު ވާހަކަ ދައްކަން ޝަހީމް ލަދު ނުގަންނަކަމެވެ. ޑިވައިޒެއްގެ އެހީގައި ލޮކޭޓްކޮށްގެން 100އެއްހާ މީހުން ހޯދަން ޖެހޭނީ އިންތިޒާމްތައް ކިހާވަރަކަށް ބޮއްސުންލާފައި އޮވެގެންް ހެއްޔެވެ. މަގު އޮޅުނު ކަމަށް އެ ބުނިއްޔަކީ އެކެއް ދެމީހެއްގެ ވާހަކައެއް ނޫނެވެ. ގެއްލޭ މީހުން ޑިވައިސެއް ބޭނުންކޮށްގެން ހޯދަން މިދިޔަ އަހަރުން ފެށިގެން ފަށާފައިވާކަން ނަސީބެވެ. ގެއްލޭ މީހުން ހޯދުމަށް ވަކި ޑިވައިޒެއް ހައްޖު ކޯޕަރޭޝަނުން ތައާރަފު ކުރީ މިދިޔަ އަހަރުއެވެ. އެއްޔަކީ ޝަހީމެއް މުއިއްޒެއް ތައާރަފްކުރި އެއްޗެއް ނޫނެވެ. 

    އަރަފާތާއި މީނާގައި ޓެންޓްތަކުގެ ހާލަތު ހުރިގޮތް އެންމެނަށްވެސް އެނގޭނެއެވެ. އެވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. އަމިއްލަ ޖަމާއަތްތަކަށް ފުރުސަތުނުދީ ހައްޖުކޯޕަރޭޝަނުން ޝަހީމް އިސްވެހުރެ މިހާތަނަށް ހައްޖުވެރިން އަތުން ނެގި އެންމެ ބޮޑުއަގު ނަގައިގެން ހައްޖުން ވައްކަންކޮށްފައިވެސް ހައްޖުވެރިންނަށް ކަމޭހިތާލަން ނުކެރުނެވެ. ކުރިއްޔާ ކުރިކަމެއްކުރީ ކަންދައްކާ މީޑިއާ ސްޓަންޓްގެ ގޮތުގައެވެ.

    ]]>
    Thu, 20 Jun 2024 11:46:14 +0500 ނިއުސް ޑެސްކް
    އެންމެ އިސް ފުލުސް ހުރީ ފަޅި ނަގައިގެން!؟ https://heerasnews.com/2550 https://heerasnews.com/2550 ދެރަކަމުގެ ކޮޅެއްނެތެވެ. ގާނޫނު ތަންފީޒު ކުރާންހުރި އެންމެ އިސް ފުލުހަކީ ފަޅި ނަގައިގެން ހުރި މީހެއްކަން އެެނގޭ ވަރަށް ބަސްމަގު ދިޔައިމާ ކަމަކު ނުދެއެވެ. ކުރީ ސަރުކާރު، މިހާރު ސަރުކާރު ކިޔާ ހިސާބަށް ޕޮލިސް ކަމިޝަނަރ ދިއުމަކީ ހާދަހާ ދެރަކަމެކެވެ. 

    ރައީސުލްޖުމްހޫރިއްޔާ ކުށްވެރިއަކު މިނިވަން ކުރަނީ ގާނޫނުން ލިބިދޭ ބާރަކުންނެވެ. އަދަބު ލުއިކުރުމާއި މާފުކޮށްދިނުމަކީ ގާނޫނުން ރައީސަށް ލިބިދޭ ބާރެކެވެ. އެބާރުގެ ބޭނުން ރައީސް ކުރާނީ އެކަމަކީ ކުރަންޖެހިއްޖެ ކަމަކަށް ވެގެންނެވެ. އެކީ އެކަށް މިނިވަންކުރުމާއި ޝަރުތުކޮށްފައި ދޫކުރުމާއި އެނޫންވެސް ގޮތްގޮތުން ކުށްވެރިންނަށް ގާނޫނީ އިމުގެތެރެއިން ދެވިފައި ހުންނަ ލުއިތަކާމެދު ފިތުނަވެރި ރައުޔު ގޮތްގޮތަށް އާއްމުކޮށް ނެރުމަކީ ފުލުންގެ ކަމިޝަނަރުގެ ޒިންމާއެއް ނޫނެވެ. ނޭނގި ނަމަވެސް އެއުފެއްދެނީ ފިތުނައެވެ.

    ގާނޫނުން ލިބިދޭ ބާރަކުން ރައީސަކު ކުރާކަމެއް ކުށްވެރިކޮށް ޕޮލިސް ކޮމިޝަނަރު ނިކުމެ ވާހަކަ ދެއްކުމަކީ ޖިނާއީ އަދުލުގެ ނިޒާމް ފުނޑާލުމެވެ. އިންސާފު ހޯދާ ދިނުމެއް ނޫނެވެ. ފަސާދަ އުފެއްދުމެވެ. ޕޮލިސް ކަމިޝަނަރުގެ ޒިންމާއަކީ ގާނޫނު ދިފާއުކުރުމެވެ. ގާނޫނާ ހިލާފުވާ މީހުން ހޯދާ ހުއްޓުވުމެވެ. މުޖުތަމައު އިސްލާހު ކުރުމެވެ. ތަހުގީގުކޮށް ޝަރީއަތަށް ފޮނުވުމެވެ. ހުކުން ކުރުމެއް ނޫނެވެ. 

    ކުރީ ދައުރުގެ ރައީސްގެ ވެރިކަން ނިމިނިމި އޮއްވާވިޔަސް ހުކުން ތަންފީޒު ކުރަމުން ދިޔަ ބަޔަކު ދޫކޮށްލީ ގާނޫނުގެ ހަމައިންނެވެ. އެކަމުގެ ނިޔަތާއި މަގުސަދަކީ އެހެން ބަޔަކަށް ނިންމޭނެ ކަމެއްނޫނެވެ. ކިތަންމެ ބޮޑަސް ކުށްވެރިއަކު މިނިވަން ކުރުމުން އެއީ މިނިވަނެކެވެ. މިނިވަން ކުރާހާ މީހުންނަކީ ތަކުރާރުކޮށް އެހެން ކުށްކުށަށް އަރައިގަންނާނެ ބައެއްނޫނެވެ.  އެހެން އެކަންވުން ލާޒިމެއްވެސް ނޫނެވެ. 

    ރާއްޖޭގައި ކުށްކުރުން އާއްމުވެފައިވަނީ ކޮންމެހެން ޖަލުމީހުން ދޫކޮށްގެން އެކަންޏެއް ނޫނެވެ. ކުށްކުރުމަށް ދެވިހިފާފާ ތިބި ބަޔަކު ތިއްބަސް ދޫކުރުމުގައި މީހުންގެ ނިޔަތަކަށް ނުބެލޭނެއެވެ. މާފުކުރުމާއި އަދަބު ލުއިކުރުމަށް ފެތޭ މީހުން ދޫކުރުމަކީ އަލަކަށް ކުރާކަމެއްނޫނެވެ. ވަކި ސަރުކާރަކުން އެކަނި ކުރިކަމެއްވެސް ނޫނެވެ. ޖަލުން މީހުން މިނިވަންކުރިކަމުގެ ވާހަކަ ދައްކާއިރު ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެތެރެއިން ބޭއިންސާފުން އަދަބުލިބޭ މީހުން ވަކި މަދެއްނޫނެވެ. ހަގީގީކުށްވެރިޔާ މިނިވަންކަމާއެކު ބޭރުގައި އުޅޭއިރު އަދަބު ލިބެނީ ކިތައް ވިކްޓިމުންނަށް ހެއްޔެވެ. އެއްދޮރުން ވައްދާ އަނެއް ދޮރުން ނެރެނީ ހެކިނުލިބިގެން ކިތައް މުޖުރިމުން ހެއްޔެވެ. 

    ރާއްޖޭގައި މިހާރު ހިނގާހާ ކުށެއް ހިންގަނީ ކުރީ ސަރުކަރުން ޖަލުން ދޫކޮށްލި މީހުން ކަމަށް ދައްކައިގެން ހަދަން ތިޔަ އުޅެނީ ކޮން އެއްޗެއް ހެއްޔެވެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މި ސަރުކާރުން ދޫކޮށްލި މީހުންގެ ތަފްސީލް ކެރެންޏާ ހާމަ ކޮށްލަ ބަލާށެވެ. ދައުލަތަށް ބޮޑެތި އަދަދުން ހިޔާނާތްތެރިވީ ކަމަށް ތަހުގީގަށް ސާބިތުވެ ޝަރީއަތުގައި އޮތް މައްސަލަތައް އަނބުރާގެނަސް ދައުލަތުގެ ތިންބާރުން ބާރެއްގެ އިސްވެރިކަމެއް މީހަކަށް އިހަށްދުވަހު ދިންތަން ނުދެކެންހެއްޔެވެ. އެކަމުގެ ފަހަތުގައި އޮތީ ކޮންކަހަލަ ޖަރީމާއެއްތޯ ބަލާ ފިޔަވަޅު އަޅާލަން ޕޮލިސް ކޮމިޝަނަރަށް ކެރޭނެބާއެވެ. 

    ޕޮލިސް ކޮމިޝަނަރެއް ކަމަކު ރޮނގު ހުރަސް ނުކޮށް ގާނޫނީ ޒިންމާ އަދާކުރާށެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަން ނުހަދާށެވެ. އެއް ސަރުކާރު ނުބައިމީސްކޮށް އޮތް ސަރުކާރަށް ވައިއަޅުވަން ނޫޅޭށެވެ. ގާނޫނުގެ ތެރެއިން ސަރުކާރުކޮށްފާ ހުންނަކަންކަމާ މެދު ޝައްކު އުފައްދާ ގާނޫނުގެ ބާރު ކަނޑުވާލަން ނުހަދާށެވެ.   

    ]]>
    Wed, 19 Jun 2024 20:58:32 +0500 ނިއުސް ޑެސްކް
    ދިވެހި ރާއްޖެއަކީ ކުޅޭ ކުޅޭ ތަނަކަށްވެއްޖެ: އާޒިމް https://heerasnews.com/2549 https://heerasnews.com/2549 ރައްޔިތުން މަގާމުތަކަށް މީހުން އިންތިހާބު ކޮށްފައި ތިބީ ސަލާމަތާއި ރައްކާތެރިކަން އޮތް މުޖުތަމައުއެއް ހޯދުމަށެވެ. އެމީހުން އުންމީދު ކުރަނީ އިންތިހާބުކުރާ މީހުން މެދުވެރިކޮށް ސަލާމަތާއި ރައްކާތެރިކަން އޮތް މުޖުތަމައުއެއް ލިބޭނެ ކަމަށެވެ. މާލޭ ސިޓީގެ މޭޔަރ އާދަމް އަޒިމް ނިކަން ރަނގަޅަށް އެކަން ގަބޫލުކުރައްވައެވެ. ގަބޫލު ކުރެއްވުމާއެއް ގޮތަށް ނަތީޖާ ނެރެދެއްވަން ހިއްވަރު ކުރައްވައެވެ. 

    މޭޔަރ އާޒިމް ވިދާޅުވަނީ ސަލާމަތާއި ރައްކާތެރިކަން ނެތް މުޖުތަމައުއެއްގައި ނޫޅެވޭނެ ކަމަށެވެ. ހިތާމައާއިއެކު އާޒިމު ފާހަގަ ކުރައްވަނީ ދިވެހި މުޖުތަމައުގެ އަދުގެ ހާލަތުގެ ބިރުވެރިކަމެވެ. ނުރައްކާތެރިކަމެވެ. މިހާރު ރާއްޖޭން ފެނިގެންދަނީ ސަލާމަތާއި ރައްކާތެރިކަން ނެތް މުޖުތަމައުއެއްގެ މަންޒަރު ކަމަށް އާޒިމް ވިދާޅުވެއެވެ. 

    މާލޭ މޭޔަރު ވިދާޅުވާގޮތުގައި ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ދަނީ ގާނޫނުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުންނެވެ. ގާނޫނު ތަންފީޒު ކުރުމުގައި އިދާރާތައް ފަސްޖެހޭ ކަމަށް އާޒިމް ފާހަގަ ކުރައްވައެވެ. ގޯސްކޮށް ކަންތައްތަކެއް ކުރަމުންދާއިރު ވެސް ފިޔަވަޅު ނޭޅި ދޫކޮށްލެވިގެން ދާތަން ފެންނަމުންދާ ކަމަށް އާޒިމް ވިދާޅުވެއެވެ.

    އާދަމް އާޒިމް ވިދާޅުވާގޮތުގައި ގާނޫނު ތަންފީޒު ކުރުމުގައި ރާއްޖޭގެ އިދާރާތައް އޮތީ ވަރަށް ބަލިކަށިކޮށެވެ. ގާނޫނު ތަންފީޒު ކުރުމުގައި އިދާރާތައް ނިކަމެތިވެގެން ގޮސް މުޅި ރާއްޖެ ހަލާކުވަމުންދާ ކަމަށް މާލޭ މޭޔަރު ވިދާޅުވެއެވެ. 

    ދިވެހި ރާއްޖެއަކީ "މިހާރު ކުޅޭ ކުޅޭ ތަނެއް" ކަމަށް ދެކިވަޑައިގެން އާޒިމު ވިދާޅުވެ ދެއްވަނީ ރާއްޖޭގެ އަދުގެ ހާލަތެވެ. "އެމީހަކު އުޅޭނެހާ ގޮތަކަށް އުޅެންވީ. ކުރާނެ ކަމެއް ކުރަންވީ. އެކަން އެ ފެންނަނީ. މިއީ މުޅި ރާއްޖޭގެ ވެސް ހާލަތު" ކަމަށް އަސަރާއެކު ސިފަކޮށް ދެއްވައެވެ. މާލޭ މޭޔަރު ދެކިވަޑައިގަންނަވާ ގޮތުގައި ހުރިހާ ތަންފީޒީ އިދާރާތަކުން ވެސް އެއްވެސް ކަހަލަ އުޒުރެއް ނުދައްކައި ގާނޫނު ތަންފީޒު ކުރަމުންދާން އެބަޖެހެއެވެ. 

    "ކުޅޭ ކުޅޭ ގައުމެއް ގޮތުގައި މި ގައުމު ބާއްވާކަށް ރައްޔިތުންނެއް ނޭދޭ " ކަމަށް އާޒިމު ވިދާޅުވެއެވެ. އާޒިމް ވިދާޅުވަނީ ގައުމު ހަމަ މަގަށް އެޅުވުމަށް މަގާމުތަކަށް އިންތިހާބުވެފައި ތިބި މީހުންނާއި އައްޔަނު ކުރެވިފައި ތިބި އެންމެން ވެސް ގާނޫނާއި ގަވައިދުތައް ތަންފީޒުކުރަން އެބަޖެހެއެވެ. އެ ނޫން ގޮތަކަށް ރާއްޖެ ސަލާމަތް ކުރެވެން ނެތްކަމަށް އާޒިމް ވިދާޅުވެއެވެ.

    ]]>
    Wed, 19 Jun 2024 15:55:55 +0500 ނިއުސް ޑެސްކް
    އައިސްތުވެސް ޖަޕާނު މަހެއްހެން ނުވިހެވުމުގެ މޮޔައިގަ!؟ https://heerasnews.com/2548 https://heerasnews.com/2548 ސަރުކާރު ހިންގަން ތިބޭ ބަޔަކު ވަކިވަރަކަށްވުރެ ގުނބޯ ހެނދުނީމާ ގައުމަކަށް ނުވެނުދާނެ ހުރިހާ ގޮތެއްވެސް ވެއެވެ. ރާއްޖޭގެ އާބާދީއަށް ވެފައި މިއޮތީ އެހެންނެވެ. ހުރި ވަސީލަތްތައް ބޭނުން ކުރާން އޮތް އާބާދީ ބޮޑުވެ ފަގީރުވެދާނެ ކަމުގެ ބިރަށް އާބާދީ މަދުކުރަން ހިފާލީ އަމަށަކު ވަރަކަށް ނޫނެވެ. ރީތި ނަންނަމުގައި ޒާތްޒާތުގެ ޕްރޮގްރާމް ހިންގައިގެންނެވެ. 

    ގިނަ ކުދިން ލިބުމަކީ މައިމީހާގެ ސިއްހަތަށް ނުރައްކަލެއް ކަމަށް ހަދާ ބިރުދައްކަން ފެށީއެވެ. ދެ ކުއްޖަކަށް ވުރެން ގިނަ ކުދިން ތިބުމަކީ ކިޔަވާދީ ކާންބޯންދީ ނުހެދޭނެ ކަމެއް ކަމަށް ސިކުނޑިތަކަށް ވެއްދިއެވެ. ގިނަ ކުދިން ވިހެއުމަކީ މައިމީހާގެ އުމުރު ކުރުވާ ކަމެއްކަމަށް ބުނެ ކުދިން ހޯދުމަކީ ގޯހަކަށް ހެދިއެވެ. 

    ދޭތެރެ ދުރުކުރުމުގެ ނަމުގައި ޒާތްޒާތުގެ ހުރަސްތަކާއި ބޭސްތައް ތައާރަފްކޮށް އޮޕަރޭޝަންތައް ކުރިއެވެ. އެކަމާ އިންކާރު ކުރާ މީހުން ތިބުމުން ދޭތެރެ ދުރުކުރުން ފަހުން ބަދަލުކޮށްލީ އާއިލާ ރޭވުމަށެވެ. އާއިލާ ރާވާލަން ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނެތާއެވެ. ފުދިގެން ރީތި ތަނަވަސް ދިރިއުޅުމަކަށް އާއިލާ ނުރާވައެއް ނުވިއެވެ. އެގޮތަށް އާއިލާ ރޭވުމުގައި ދުވަސްގަނޑަކު މީހުންގަނޑު ޖައްސައިގެން އުޅުމަށް ފަހު ބަދަލުކޮށްލީ ރައްކާތެރި މައިވަންތަކަމަށެވެ. 

    ދޭތެރެ ދުރު ކުރިޔައސް އާއިލާރޭވިޔަސް ރައްކާތެރި މައިވަންތަ ކަމަށް ވިޔަސް ކަމަކީ އެއްކަމެކެވެ. އެއްވެސް އާއިލާއެއްގައި ގިނަ ކުދިންތަކެއް ތިއްބަ ނުދިނުމެވެ. އާއިލާއެއްގައި ގިނަ ކުދިން ނުތިބުމަށް ކުރި މަސައްކަތުން އާއިލާތައް ކުދިވިއެވެ. އެހެންނަމަވެސް އާއިލާތައް ކުޑަކޮށްގެން ހާސިލުވާނެ ކަމަށް ދެއްކި އެއްވެސް އެހެން ހެޔޮ ނަތީޖާއެއް ނުފެނުނެވެ.

    ބާރތު ކޮންޓްރޯލު ކުރުމަށާއި ރައްކާތެރި މަޔަކަށް ވުމަށް ކޭހާ ބޭހާއި ޖެހިހާ އިންޖެކްޝަނުން މުޅި ހަށިގަޑަށް ގޮތްނޭނގޭ އުނދަގޫތަކެއް ނުވާ އަންހެނެއް ފިރިހެނެއް ނެތެވެ. ޒާތްޒާތުގެ ސިސްޓާއި ސްޓްރޮއިޑާއި ނަންހުސްކޮށް ނުޖެހޭ ބައްޔެއް ނެތެވެ. ދަރިމައި ނުވުމާއި ޒާތްޒާތުގެ ކެންސަރާއި ލޭއޮލަވުމާއި ދެންވެސް ނުވާކަމެއް ނެތެވެ. މަހަކު ހަތަރު ބުރަށް ޑޮކްޓަރަށް ގޮސް ބުރެއްގައި ހަތް ދުވަހު އެކަމާ އުޅެން ނުޖެހޭ އަންހެނަކު ނެތެވެ.   

    އަނެއްކޮޅުން ކުދިން މަދުވުމަކުން ކުރަން ޖެހުނު ހަރަދު މަދެއްނުވިއެވެ. ކުޑައެއް ނުވިއެވެ. މަދުކުދިންނަށްޓަކާވެސް މައިންބަފައިންނަށް ވަގުތެއް ނުދެވުނެވެ. ކުދިންގެ ތަރުބިއްޔަތަށް ދެމަފިރިން ކުރެއެކަށް ހުހެއްނުވެވުނެވެ. ދެމަފިރިންމެ އުޅެންޖެހެނީ ގުދާރު ބިނދޭންދެން މަސައްކަތުގައެވެ. ބައްޕަޔާއި މަންމަ މަސައްކަތުގައި އުޅުމުން ކުޑަކޮއްކޮގެ ކަންތައް ބަލަހައްޓާ ދޭކަށް ދައްތައެއް ބޭބެއެއް ނުހުރެއެވެ. ގިނަ މީހުންގެ ހާލަކީ މިއެވެ. ވިހާ އުމުރުގައި ޖަޕާނު މަހެއްހެން ވިހާނުލެވުނު މޮޔަ ގިނަ މައިންނަށް މިހާރު ހީވާ ކަހަލައެވެ. 

    ދޭތެރެ ދުރުކުރުމުގެ އެވޯޑް ދިން ދިނީނުން ރަށްރަށުގައި ކުޑަ ކުދިންނާއި ޒުވާނުންގެ އާބާދީ މުޅިން ނެތިދާން ތައްޔާރު ވެއްޖެއެވެ. މުސްކުޅިން ގިނަވެ މަސައްކަތް ކުރާ އުމުރުގެ މީހުން ނެތެނީއެވެ. މަސްކަތް ކުރާ އުމުރުގެ މީހުންގެ ވަގުތާއި އާމްދަނީގެ ބޮޑުބައި ދުއްވާލަން ޖެހެނީ މައިންބަފައިންނާ ދުވަސްވީ މީހުންނަށް އަޅާލުމާއި ފަރުވާ ދިނުމުގައެވެ. ބާކީބައި ހޭދަވަނީ އަނބިދަރިންގެ ސިއްހީ މަސައްލަތައް ހައްލު ކުރުމުގައެވެ. ދިރިއުޅުމަށް ކުރެވޭ މަސައްކަތުގައި އުޅެން ލިބެނީ ކުޑަވަގުތު ކޮޅެވެ. 

    ގައުމީ ނިސްބަތުގައިވެސް އޮތީ އެގޮތެވެ. ދައުލަތުގެ އާމްދަނީގެ ބޮޑުބައި ހޭދަވަނީ ސިއްހީ ހިދުމަތާށާއި ޕެންޝަނަށާއި ސޯޝަލް ވެލްފެއަރ އަށެވެ. ގައުމުގައި މަސައްކަތް އޮތްވަރާ ގާތަށްވެސް މަސައްކަތް ކުރާނެ މީހުނެއް ނެތެވެ. ފަންނީ މީހުން ކީއްކުރަން ހެއްޔެވެ. ލޭބަރުންވެސް ގެންނަން ޖެހިނީ ބޭރުނެނެވެ. ގައުމުގެ އާބާދީގެ ދެބައިކުޅައެއްބަޔާ ގާތައް ބޭރު މީހުންގެ އާބާދީ އެބައޮތެވެ. އަދިވެސް އޮތީ ކުރިއަށެވެ.

    ރާއްޖޭގައި އުފެދޭ ކާބޯތަކެއްޗާއި އެތެރެކުރާ ކާބޯތަކެތީގެ 60 އިންސައްތަ ބޭނުންކުރަނީ ބޭރު މީހުންނެވެ. ރާއްޖެއަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔާ ގާތަށް ވަނީ ބޭރެވެ. އެންމެ ކުއްޖަކު ދެކުއްޖަކު ހުރީތީ މައިންބަފައިންވީ ލޯބިން ޒުވާނުންގެ އާބާދީގައި ތިބި އެތައް ބަޔަކު ތިބީ ހުޅުހުޅުން ދޫވެފައެވެ.

    މިފާހަގަކޮށްލެވުނީ ދޭތެރެ ދުރުކުރުމުގެ ސަބަބުން ކުރިމަތި ވަމުންދާ ކަންކަމުގެ ތެރެއިން މަދުކަމެކެވެ. މިހާރު އައިސްތު ޝިހާމްމެން ހޯހޯ ގޮވިޔަސް ކުރާނެކަމެއް ނެތެވެ. ބާރުވެރިކަން ހޯދުމަށް ގުނބޯ ހެދިގެން ގައުމު ފުނޑާލީ އައިސްތުވެސް ބައިވެރިވެގެންނެވެ. 

    ]]>
    Wed, 19 Jun 2024 14:09:21 +0500 ނިއުސް ޑެސްކް
    ދިވެހި ހައްޖާޖީންގެ ޓެންޓް: ހައްޖުންވެސް ކުރުވީ ވައްކަން https://heerasnews.com/2547 https://heerasnews.com/2547 ދުނިޔޭގެ އެންމެ ގަދީމީ ފަތުރުވެރި ކަމަކީ ހައްޖުވުމެވެ. އިބްރާހީމް އަލައިހިއްސަލަމްގެ ޒަމާނުއްސުރެ ދުނިޔޭގެ ކަންކޮޅުތަކުން ހައްޖަށް ދެއެވެ. އެއިރެއްގެ ފެންވަރުން ހައްޖުވެރިންނަށް ރަނގަޅު އިންތިޒާމްތައް ކޮށްދިނުމަކީ އެދުވަސްވަރެއްގައި ހައްޖުގެ ކަންކަމާ ހަވާލުވެ ތިބޭ ބަޔަކު ކުރާކަމެކެވެ. ހައްޖާޖީންނަށް ލުއިފަސޭހަ ވާނެހާ ގޮތްގޮތައް އެއް އަހަރުން އަނެއް އަހަރަށް ކަންކަން ތަރުތީބު ކުރެއެވެ. 

    މި ޒަމާނުގައި ހައްޖުގެ ހިދުމަތްތަކަކީ ސައޫދީ އަރައްބިއްޔާގެ މައްކާ - މަދީނާގެ ޓޫރިއޒަމްގެ އެންމެބޮޑު އެއް ހިއްސާއެވެ. ހައްޖުގެ އަޅުކަމުގެ ކަންކަން އިންތިޒާމް ކޮށްދެނީ ސައޫދީ ސަރުކާރުންނެވެ. ހައްޖާ އުމުރާގެ ކަންކަމަށް ހާއްސަ ވުޒާރާއެއްގެ ބެލުމުގެ ދަށުންނެވެ. މިލިޔަނުން ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ހައްޖާޖީންނަށްޓަކައި ތަރުތީބުން ދުރާލާ އިންތިޒާމް ކުރެއެވެ. ހައްޖަށް މީހުން ފޮނުވާ ގައުމުތަކުން އެދޭ ފެންވަރެއްގައި ކަންކަން ހަމަޖައްސާދެއެވެ. މައްކާއެއް މަދިނާއެއް މިނާއެއް އަރަފާތެއް ކިޔާނެކަމެއް ނެތްތާއެވެ. ހޮޓަލެއް ފޭލިގެއެއް ވެސް ކިޔާނެކަމެއް ނެތެވެ. 

    ދީފައިވާ ކޯޓާގެ ދަށުން ހައްޖުވެރިން ފޮނުވާ ގައުމުތަކުން ބޭނުންވާ ފެންވަރެއްގައި ހައްޖާޖީންނަށް ހިދުމަތް ދެވޭނެ އިންތިޒާމް ސައޫދީ ސަރުކާރުން ހަމަޖައްސާދެއެވެ. އެއްޔަކީ މިއަދަކު އިއްޔެއަކު އެކަނި ކުރާކަމެއް ނޫނެވެ. 

    ހަގީގަތަކީ މިއީކަމުން މި އަހަރު ރާއްޖޭގެ ހައްޖުވެރިންނާމެދު މުއިއްޒު ސަރުކާރުން އިހުމާލުނުވާނަމަ ދިވެހި ހައްޖުވެރިންގެ ޓެންޓްތަކުގެ ހާލަތު އެހާދަށެއް ނުވީހެވެ. ނިސްބަތުން އެންމެ ބޮޑު ހޭދައެއްކޮށްގެން ހައްޖަށްދާ ބަޔަކަށް މިހާރު ދިވެހިންވާނެއެވެ. ކުރިއާއި ހިލާފަށް ރާއްޖޭން މީހުން ހައްޖަށް ގެންދަނީ ވަކިވަކި ޖަމާއަތްތަކަކުން ނޫނެވެ، ސީދާ ސަރުކާރުގެ ޒިންމާގައެވެ. 

    ހައްޖުވެރިން އަތުން ސަރުކާރަށް ނަގާ ފައިސާއަށް ބަލާއިރު ވާން ނުޖެހޭވަރު ދިވެހި ހައްޖުވެރިންނަށް ވެއްޖެއެވެ. މީގެކުރިން ދުވަަހަކު ދިވެހި ހައްޖުންވެރިންނަށް އުފުލަން ނުޖެހޭ ތަކުލީފާއި އުދަނގޫ މިފަހަރު ހައްޖުވެރިން އެބަ އުފުލައެވެ. ޓެންޓްތަކުގެ ތޮއްޖެހުމާއި ފިތިބާރުވުން އެހާބޮޑެވެ. އެކަކު އަނެކަކާ ޖެހިފިތި ބާރުވެފައި ތިބިވަރުން ހަމައިސްކޮޅަށް ދެމިލައިގެން ޓެންޓްތެރޭގައި ނޯވެވެއެވެ. މުސްކުޅިންނާއި ބަލިމީހުން ޓެންޓްތެރޭގައި އުޅެން ޖެހުނީ މީހުންގެ މަތިން ގިރާކުރުމުގެ އުނދަގުލާ ތަކުލީފުގައެވެ. އެހާ ބޮޑަށް ތޮއްޖެހިފައި އޮތް އިރު ފިރިހެނުންގެ ޓެންޓްގައި އޭސީ ވެސް ގިނަފަހަރު ނުޖެހެއެވެ.

    ހައްޖުވުމަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަ އަގަށްވުރެ ވެސް ބޮޑުކޮށް ފައިސާ ދައްކައިގެން ދާބައެއްގެ ކަންކަން ހުންނާނީ އެފެންވަރަކު ނޫނެވެ. ރާއްޖޭގެ ހައްޖާޖީންނަށް ލިބުނީ ސައޫދީ އަރަބިޔާއިން ލިބެންވީ ފެންވަރުގެ ހިދުމަތެއްނޫނެވެ. އެއްޔަކީ ސައޫދީ އަރައްބިއްޔާގެ ޓޫރިޒަމް ސިނާއަތުގެ ފެންވަރެއްވެސް ނޫނެވެ.

    ދިވެހި ހައްޖާޖީންގެ ޓެންޓް ތަކުގެ ފެންވަރުން އެނގިގެން ދިޔައީ މުއިއްޒު ސަރުކާރުން ހައްޖުން ވައްކަން ކޮށްފައިވާކަމެވެ. ބޮޑު އަގުނަގައިގެން ފައިސާކޮޅު ޝަހީމްމެން ކައްވާލާ ކެތްތެރި ކަމުގެ ފަރުދާގައި ހައްޖާޖީން ޖައްސާ އޮޅުވާލީކަމެވެ.  

    ]]>
    Tue, 18 Jun 2024 14:24:13 +0500 ނިއުސް ޑެސްކް
    އާލިއާ ވާހަކަ: ތަފާތު ހުނަރެއް! https://heerasnews.com/2546 https://heerasnews.com/2546 އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރެން ނިންމި ސީރީޒްގެ ފުރަތަމަ ވާހަކަ ފޮތް ނެރެފިއެވެ. ފޮތްތަކުގެ ތެރޭގައި ބޮޑުވި އާލިއާ ގެ އެއް ހުވަފެނަކީ އަމިއްލަ އަށް ކުޑަކުދިންގެ ވާހަކަ އެއް ނެރުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

    "އެޑް ފައިންޑްސް އަ ހޯމް" ގެ  ނަމުގައި އާލިއާ ނެރުނު ވާހަކަ ފޮތަކީ ނެރެމުން އަންނަ ހެދުން ކަލެކްޝަން ބްރޭންޑް "އެޑް-އަ-މަމާ" އާއި ގުޅުވާލައިގެން ނެރުނު ފޮތެކެވެ.

    "އެޑް ފައިންޑްސް އަ ހޯމް" ގައި ހިމެނޭ ކުރެހުންތައް ތައްޔާރު ކޮށްފައި ވަނީ ތަންވީ ބަޓެވެ.

    "އެޑް ފައިންޑްސް އަ ހޯމް" މިހާރު ފޮތް ވިއްކާ ގިނަ ފިހާރަތަކުންނާއި އޮންލައިންކޮށް ވެސް ގަނެވޭނެ ކަމަށް އާލިއާ ބުނެފައިވެއެވެ. 

    އަނެއްކޮޅުން އާލިއާ ބަޓް އެންމެ ފަހުން ޕްރޮޑިއުސް ކުރި ފިލްމް "ޖިގްރާ" ވެސް އޮކްޓޯބަރު 11 ގައި ސިނަމާތަކަށް އައުމަށް ހަމަޖެހިފައެވެ.

    ]]>
    Tue, 18 Jun 2024 13:03:33 +0500 ނިއުސް ޑެސްކް
    ރަފާހުގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް ބޮންއަޅައިފި https://heerasnews.com/2545 https://heerasnews.com/2545 ގައްޒާގެ މެދުތެރޭގައި އޮންނަ ނޫސީރާތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ރޭދިން ހަމާލާގައި ބޮންއަޅާ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ. ރޭގައި ނޫސީރާތު ކޭމްޕަށް ދިން ހަމަލާތަކުގައި މަދުވެގެން 17 މީހުން މަރުވިއެވެ. 

    ނޫސީރާތުގެ އެއް ފޭލިގެއަކުންވެސް މަދުވެގެން ހަތް މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ. އެހެން ވަކި ހަމަލާއެއްގައި ފަސް މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ.

    ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި މި މަހުގެ ކުރީކޮޅުވެސް ގެދޮރު ގެއްލިފައިވާ 274 މީހުން ޝަހީދުކޮށްލާފައިވެއެވެ. އެފަހަރު އިޒްރޭލުގެ އަސްކަރިއްޔާއިން މަރުގެ އޮޕަރޭޝަނެއް ހިންގީ އެތަނުގައި ބަންދުކޮށްފައި އިޒްރޭލުގެ ހަތަރު އަސީރުން ތިބިކަމަށް ބުނެ އެ މީހުން މިނިވަން ކުރުމުގެ ނަމުގައެވެ.

    އަދުގެ އުސްއަލި:

    • ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ގައްޒާގެ މެދުތެރޭގައި އިޒްރޭލުން ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ ނޫސީރާތު ރެފިއުޖީ ކޭމްޕަށް ވަކިވަކިން ހަމަލާދީ ރޭގަނޑެއްގެ ތެރޭގައި ފަލަސްތީނުގެ 17 މީހަކު ޝަހީދުކޮށްލިއެވެ.
    • އިޒްރޭލުގެ ސިފައިން ވަނީ ނާބްލޫސް ކައިރީގައި އޮންނަ ހުޅަނގު އައްސޭރީގެ ހިފާފައިވާ ރަށެއް ކަމަށްވާ ގުސްރާގައި ފަލަސްތީނުގެ ދިހަވަރަކަށް މީހުން ހައްޔަރުކޮށް ބަންދުކޮށް ސުވާލުކޮށްފައެވެ.
    • ގައްޒާގައި "ޔަގީނުން ވެސް" އިޒްރޭލުގެ އަސީރުންގެ "ދިހަވަރަކަށް" މީހުން އަދިވެސް ދިރިތިބި ކަމަށް އިޒްރޭލުގެ އިސް މީހަކު އޭއެފްޕީގެ ނޫސް އެޖެންސީއަށް މައުލޫމާތުދިނެވެ.
    • ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގަނޑުވަރު ބޭރުގައި ހޯމަ ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށްކުރި މުޒާހަރާތަކުގައި މަދުވެގެން އަށް މީހަކު ހައްޔަރު ކުރިއެވެ.
    • އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ދެ ޑިމޮކްރެޓަކު އަންނަނީ އިޒްރޭލަށް ބަރު ހަތިޔާރު ވިއްކުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ މި ދެ ޑިމޮކްރެޓުންގެ ޕްރެޝަރާ ހެދި ބައިޑަން ސަރުކާރުން އިޒްރޭލަށް ބަރު ހަތިޔާރު ވިއްކުން ހުއްޓުވުމަށް ތާއީދު ކުރަން އެއްބަސްވެއްޖެކަމަށް ވޮޝިންޓަން ޕޯސްޓް ބުނެފިއެވެ.
    ]]>
    Tue, 18 Jun 2024 11:34:23 +0500 ނިއުސް ޑެސްކް
    ހުޅަނގު އައްސޭރިން ރޭދަންވަރު 10 މީހުން ހައްޔަރުކޮށްފި https://heerasnews.com/2544 https://heerasnews.com/2544 ހުޅަނގު އައްސޭރީގައި ރޭ ދަންވަރު އިޒްރޭލް ސިފައިން ހިންގި އޮޕަރޭޝަނެއްގައި ދިހަވަރަކަށް މީހުނާ ސުވާލުކޮށް ސްކޫލެއްގައި ހިފާ ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްގެން އެމީހުން ގެންގޮސްފައިވަނީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބްލްސް ކައިރީގައި އޮންނަ ގުސްރާގައި ހުންނަ ސްކޫލަކަށެވެ. އެތަނަށް ގެންގޮސް ރޭ ހަތަރުދަމު ބައިތިއްބައިގެން އެމީހުންނާ ސުވާލުކޮށްފައިވާ ކަމަށް ނޫސް އެޖެންސީތައް ހަބަރުދެއެވެ.

    ގުސްރާގައި ހިންގި ރޭޑަކީ ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުގެ ސިފައިންގެ އަތްދަށަށް ގެންދިއުމަށް އާއްމުކޮށް ދަންވަރު ހިންގާ ހަރަކާތުގެ ތެރެއިން ރޭގައި ހިންގާލި ބައެކެވެ. 

    އެގޮތުން އިޒްރޭލުގެ ސިފައިން ގެއެއް ވަށާލާ ޖެރިކޯއިން ދެބެން ހައްޔަރުކޮށްފައިވެއެވެ. އުއްމު ސަފާއިން ފަލަސްތީނުގެ ތިން މީހަކު ހައްޔަރުކުރިއެވެ. ކަފްރު ނިޢުމާއިން ވެސް ފަލަސްތީނު މީހަކު ހައްޔަރު ކޮށްފައިވެއެވެ.

    ރާމައްލާ އަވަށުގެ އުތުރުގައި އޮންނަ ސިންޖިލުން ވެސް ފަލަސްތީނުގެ މީހަކު ހައްޔަރުކޮށްފިއެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ގައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ ހަރަކާތްތައް ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މިހާތަނަށް ހުޅަނގު އައްސޭރިން 9،100 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ.

    ]]>
    Tue, 18 Jun 2024 10:24:47 +0500 ނިއުސް ޑެސްކް
    އީދު ދުވަހުވެސް ގައްޒާގައި ލޭއޮހޮރުން! https://heerasnews.com/2543 https://heerasnews.com/2543 ބަރަކާތްތެރި އީދު ދުވަހު އިޒްރޭލުން ގައްޒާގެ މެދުތެރެއާއި ދެކުނަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ދިހަވަރަކަށް މީހުން ޝަހީދުކޮށްލައިފިއެވެ. މީގެތެރޭގައި  ފަސް ކުޑަކުދިން ހިމެނެއެވެ.

    ފަލަސްތީން ބަލައިގަންނަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިޒްރޭލުގެ ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. 

    އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި އާންމުން ދިރިއުޅެމުންދިޔަ އިމާރާތަކަށް ބޮން އެޅުމުގެ ތެރޭގައި އިޒްރޭލުގެ ސިފައިންގެ ބަޔަކުވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 37،337 މީހުން ޝަހީދުވެ 85،299 މީހުން ޒަހަމްވެފައިވެ އެވެ.

    ]]>
    Mon, 17 Jun 2024 16:05:55 +0500 ނިއުސް ޑެސްކް
    ފަލަސްތީނާ ދެކޮޅަށް އިޒްރޭލު ސިފައިންގެ ރިޒާވް ޑިވިޝަނެއް! https://heerasnews.com/2542 https://heerasnews.com/2542 ދިވެހިން އީދުގެ އުފާފާޅުކޮށް އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން ފަސްޖެހެމުންދާއިރު ގައްޒާގެ މުސްލިމުންނަށް ލިބޭވޭނާ ކެކުޅުމަކަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. ނިމިދިޔަ 24 ގަޑިއިރުގެ އަދާހަމައަށް ބަލާލުމުންވެސް ފެންނަނީ ބިރުވެރިކަމެވެ.

    • އިޒްރޭލު ސިފައިންގެ ރިޒާވް ޑިވިޝަނެއްގެ ބޭނުން ބޮޑުވެގެން ރިޒާވް ޑިވިޝަނެއް އުފައްދަން އިޒްރޭލުން ނިންމައިފިއެވެ. އުފައްދަން ނިންމީ އިޒްރޭލު ސިފައިންގެ ތެރޭގައި ތިބި ރިޓަޔަރމަންޓް އުމުރުގެ މީހުންގެ މައްޗަށް އެކުލަވާލެވޭ ރިޒާވް ޑިވިޝަންއެކެވެ.
    • ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ގައްޒާގެ މެދުތެރެއާއި ދެކުނަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ދިހަ މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނެއެވެ.
    • ފަލަސްތީން ބަލައިގަންނަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިޒްރޭލު ސަރުކާރުން ވިސްނަން ފަށައިފިއެވެ.
    • އިޒްރޭލުގެ އަސްކަރިއްޔާއާއި ހިޒްބުއްލާ އާއި ދެމެދުގެ ހުރަސް ބޯޑަރުގައި ފުޅާ ދާއިރާއެއްގައި އަލިފާން ރޯވެދާނެ ކަމުގެ އިންޒާރު ދީފައެވެ.
    • ގައްޒާގެ ދެކުނުގައި ހުރި އިމާރާތެއް ގޮއްވާލުމާ ގުޅިގެން އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.
    • އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި 37،337 މީހުން މަރުވެ 85،299 މީހުން ޒަހަމްވެފައިވެއެވެ.
    • ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާއެވެ. 
    • ގައްޒާގައި އަޅުވެތިކޮށްފައިވާ ދިހަވަރަކަށް އިޒްރޭލު މީހުން އަދިވެސް އެބަތިއްބެވެ.
    • ރަފާގެ އުތުރުގައި އޮންނަ ހިރްބަތުއަލްއަދާސް ސަރަހައްދުގައި އިސްރާއީލުން ދާދި ދެންމެއަކު ދިން ހަމަލާއެއްގައި އެކަކު މަރުވެ އިތުރު މީހަކު ޒަހަމްވެއްޖެ ކަމަށް ރިޕޯޓް ލިބިއްޖެއެވެ.
    ]]>
    Mon, 17 Jun 2024 15:56:55 +0500 ނިއުސް ޑެސްކް
    ސަލަފުގެ ޅިޔަންސަރުކާރު އޮތީމާ ކުލަޖެހުން ހިންދޫން އަޅުކަމަކަށްނުވި https://heerasnews.com/2541 https://heerasnews.com/2541 ޒަމާނުއްސުރެ ދިވެހިންގެ އީދު ފާހަގަކުރުމުގައި ފެން ޖެހުމަކީ އޮންނަކަމެކެވެ. ފެންކުޅީގެތެރެއިން ކުލަޖެހުމުގެ މަޖާގަމޑެއް މީގެ ދެތިން އަހަރު ކުރިން އައި ބޮޑު އީދެއްގައި ކުދިބޮޑު އެންމެން ނުކުމެފެށިއެވެ. އީދު ކުޅިވަރެއްގެ ގޮތުގައި ކުލަ ޖަހަން ފެށިއެވެ. ޒަމާނުއްސުރެ ދިވެހިންގެ އީދުގައި އޮންނަ "ފެން ޖެހުން" ކުލަކޮށްލިއެވެ.

    ފެން ބަޑި އާއި އެނޫންވެސް އެއްޗެހިގައި ކުލަ އަޅައިގެން ފެން ޖެހުން ވެގެން ދިޔައީ ނިކަން ފޯރިގަދަ ކަމަކަށެވެ. ފެން ކުލައިގެ ފޮޓޯ ތަކުން ސޯޝަލް މީޑިއާ ފުރާލިއެވެ. އީދުފޯރި ކުލަމަޖާވެގެން ދިޔުމާއެކު ކުލަ ޖެހުމަކީ އިސްލާމީ އީދު ތަކުގައި އޮންނަ ކަމެއް ނޫން ކަމަށް ޝޭހުން ފަތުވާ ނެރެންފެށިއެވެ. ކުލަޖެހުމަކީ ހިންދޫންގެ އަޅުކަމެއް ކަމަށް ބައެއް ދަންނަ ބޭކަލުން ބުނަންފެށިއެވެ. ހިންދޫންގެ އަޅުކަމެއްގައި އޮންނަ ބައެއް އިސްލާމީ އީދުގައި ގެނައުމަކީ ހަރާމް ކަމެއް ކަމަށް ސިފަކޮށް އަޑުއުފުލިއެވެ.

    އީދުގައި ކުލަޖެހުމަކީ ވެސް އެމްޑީޕީގެ ލާދީނީ ކަމުން ތައާރަފް ކުރިކަމަށް ބުނެ ހަގީގަތެއްނެތް ތުހުމަތު އެމްޑީޕީ ސަރުކާރުގައި ބައެއް މީހުން އެޅުވިއެވެ. އެގޮތަށް އަޑުފެތުރުމުގައި އިސްކޮށް އުޅުނީ އިސްލާމް ދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރަކާތްތެރިވާ ސަލަފް ޖަމްއިއްޔާ ފަދަ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ. 

    ދަންނަ ބޭކަލުންގެ ކަންބޮޑުވުމަށް އިހުތިރާމްކޮށް އީދު ފާހަގަކުރަން ކުލަޖެހުމާ ގިނަ ބަޔަކު ދުރަށް ދިޔައެވެ. އީދު ފާހަގަ ކުރުމުގައި ކުލަޖެހުން ބައެއް ރަށްރަށުގެ ކައުންސިލުން މުޅިން މަނާ ވެސް ކުރިއެވެ. އެހެންކަމުން އީދު ތަކުގައި ކުލަ ޖެހުން މުޅިން ކަހަލަ ގޮތަކަށް ރާއްޖޭގައި ހުއްޓުމަކަށް އައެވެ. 

    އެހެން ނަމަވެސް ކަމަކު ދާކަށްނެތެވެ. ސަލަފުގެ މަސްލަހަތު އޮތް ދީނީ ސަރުކާރުގެ ވެރިކަމުގައި މި ހިނގާ ބޮޑު އީދުގައި ވަރަށް ގިނަ ރަށްރަށުގައި ކުލަ ޖެހުން އެބަ ކުރިއަށްދެއެވެ. ފެން ކުލައިގެ އީދަކަށް މިފަހަރު އީދު ބަދަލު ވެއްޖެއެވެ. އީދު ކުލަ ކޮށްލައިފިއެވެ.

    ކުލަޔާއެއްގޮތަށް އީދު ހުޅަކީވެސް އެންމެ ބޮޑު އެއް ސަގާފަތަށް ހަދައިފިއެވެ. މިފަހަރު އީދު ހުޅުނުޖަހާ ރަށެއް ނެތިއްޖެއެވެ. ހުޅުޖަހައިގެން އެ އަލިފާންގަނޑު ވަށައިގެން އެއްވެ ތިބެ ލަވަކިޔާ ބެރުޖަހާ ނަށީ މަދު ރަށެއްގައެއް ނޫނެވެ. އަލިފާންގަނޑާއެކު ސެލްފީ ނެގުމަކީ މޮޅުކަމަކަށް ހެދިއެވެ. މިއިން އެއްވެސްކަމަކީ ލާދީނީ ކަމަކަށް ނުވެއެވެ.

    އީދު ހުޅުޖެހުމަކީ ވެސް ސަގާފީ ކަމެއްނޫނެވެ. ރާއްޖޭގައި ޖަހާއުޅުނީ ރޯދަހުޅާ އީދުހުޅެވެ. ދިވެހިން ކުރީ ޒަމާނުގައި ޖަހާއުޅުނު ހުޅަކީ މުއާސަލާތުގެ ދަތިކަން އޮތް ޒަމާނުގައި ރޯދަމަހަށާއި އީދަށް ހަނދުފެނިއްޖެކަން ކައިރީގާ އޮތް ރަށަށް އެންގުމަށް ޖަހާއުޅުނު އެއްޗެކެވެ. އެއްވެސް އިރަކު ބޮޑު އީދަކަށް ހުޅެއްނުޖަހައެވެ. ހުޅުޖެހުމަކީ ކުޅިވަރެއް ނޫނެވެ. މުނާސަބާތެއް ފާހަގަކުރަން ކޮށްއުޅުނު ކަމެއްވެސް ނޫނެވެ. 

    ސަލަފުގެ ޅިޔަން ސަރުކާރެއް ވީމާ ކުލަޖެހުމަކީ މިފަހަރު ހިންދޫންގެ އަޅުކަމެއް ކަމަކަށް ނުވެއެވެ. ހޯހޯއޭ ތިޔަކަން ނުކުރާށޭ ބުނާނެ ދަންނަ ބޭކަލަކު ނެތެވެ. ކުލަޖަހަމުން އަލިފާން ކުޅިކުޅެމުން އީދު މަޖާ ނެގުމަކީ ހުއްދަ ހަލާލު ލާދީނިއްޔަތުގެ ކަންފުޅެއްވެސް ނެތްކަމަކަށް ވެއްޖެއެވެ. 

    ]]>
    Mon, 17 Jun 2024 14:38:57 +0500 ނިއުސް ޑެސްކް
    ގުރުބާންކުރާ ޖަނަވާރު ގައްޒާއަށް އެތެރެވުން ހުއްޓުވައިފި! https://heerasnews.com/2540 https://heerasnews.com/2540 ދުނިޔޭގެ ކަންކޮޅުގައި މުސްލިމުން އީދު އުފާ ފާޅުކުރަނީއެވެ. ކައި ބަނޑު ފުރާލައިގެން ކުޅިވަރާއި މަޖަލުގައި ކޮރުލާ ނަށަނީއެވެ. އެހެންނަމަވެސް ގައްޒާގެ ލައްކައެއްހާ މުސްލިމް އާއިލާއަށް ބޮޑު އީދު ފާހަގަކުރުމާއި އުލުހިޔާ ކަތިލުމުން ވަނީ މަހުރޫމްވެފައެވެ. ގުރުބާން ކުރުމަށް ނައަމްސޫފި ގާޒާއަށް އެތެރެކުރުން އިޒްރޭލުން ވަނީ މަނާކޮށްފައެވެ. ބޮޑު އީދުގައި އުލުހިޔާ ކަތިލުމަކީ އިސްލާމީ ދީންގައި ކުރެވޭ ސުންނަތްކަން ގަދަ އަޅުކަމެކެވެ.

    ރަފާހުގެ ބޯޑަރު ހިމެނޭ ގޮތަށް ގައްޒާގެ ހުރިހާ ބޯޑަރެއް ހުރަސްކޮށް ގުރުބާންކުރާ ޖަނަވާރުތައް އެތެރެވުން ވަނީ ހުއްޓުވައިފައެވެ. އީދު ދުވަހުގެ ކުރިން ގައްޒާ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުގެ މި މަނާކުރުމަކީ އިންސާނީ ހައްގުތަކާ ސާފުކޮށް ހިލާފުވީ ހިލާފުވުމެއް ކަމަށެވެ. ގުރުބާން ކުރާ ސޫފިތައް އެތެރެވުން ހުއްޓުވުމަކީ އިންސާނީ އަދި އިސްލާމީ އަގުތަކަށް އެއްވެސް އަޅާނުލުމެއް ނެތްކަން އަންގާދޭ ކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

    ގުރުބާންކުރާ  ޖަނަވާރުތަކަކީ ބޮޑު އީދުގެ މުހިންމު ބައެއް ކަމަށްވާއިރު ބައިނަލްއަގުވާމީ މުޖުތަމައުން ސީރިއަސްކޮށް ތަދައްހުލުވެ ނަސްލު ނައްތާލުން ހުއްޓުވުމަށާއި މުސްލިމުންގެ ހައްގުތަކާއި އިންސާނީ ހައްގުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުން ހުއްޓުވަން ޖެހޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

    އިސްލާމްދީނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މި ޖަރީމާތައް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޒިންމާ އިސްރާއީލާއި އެމެރިކާގެ ވެރިކަމުން އުފުލަންޖެހޭ ކަމަށް ގައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ. 

    އިޒްރޭލުން ގައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާ ހިންގަންފެށި ފަހުން ގާތްގަނޑަކަށް 37،300 ފަލަސްތީނު މީހުން ގައްޒާގައި ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަނެއްކޯލުން 85،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ގައްޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ. އިސްރާއީލުގެ ހަނގުރާމައަށް މިވީ އަށް މަސް ދުވަހުގެ ތެރޭގައި އޮތީ ގައްޒާގެ ބޮޑު ސަރަހައްދުތަކެއް ފަނާވެ ކާނާއާއި ސާފު ފެނާއި ބޭސް ފަދަ ތަކެތީގެ ނުރައްކާތެރި ހިސޯރެއްގެ ތެރޭގައެވެ.

    ]]>
    Sun, 16 Jun 2024 14:20:41 +0500 ނިއުސް ޑެސްކް
    ދަރަނި ދަންތުރައިގާ ފަނާވާންވީ އާއްމު ރައްޔިތުން!؟ https://heerasnews.com/2517 https://heerasnews.com/2517 ރައީސް މައުމޫނު ވެރިކަމުން ބޭލީ ގައުމު ދަރާވިކިގެންނެވެ. ބަނޑުގައި އޮތް ދަރިފުޅުގެ ބޮލަށްވެސް ދަރަނި ނަގާ ގައުމު ބޯހިކެން ނެތިގެންނެވެ. ރައީސް ނަޝިދު ވެރިކަމުން ވައްޓަލީ ދަރަނި މައްޗަށް ދަރަނި ނަގާ ހަރުމުދާ ވިއްކާތީއެވެ. ރައީސް ޔާމީނު ވެރިކަމުން ބޭލީވެސް ގައުމު ދަރަނި ދަންތުރައަށް މަހާލުމުންނެވެ. ދަރަނިން ބޯހިކެން ނެތިގެންނެވެ. ރައީސް ސޯލިހަށްވެސް ޖެހިވަޑައިގަތީ ހަމަ އެދަތުރެވެ. ވެރިކަން ވެއްޓުމާއި ބަދަލުވުން ގުޅިފައިވަނީ ދަރަނި ދަންތުރައާއެވެ. 

    ވެރިކަން ބަދަލުކުރާ ލަވައިގެ ބުން ހަމަވަނީ ދަރަނި ދަންތުރައިގެ ވާހަކަ ދައްކައިގެންނެވެ. ތަކެތީގެ އަގު ބޮޑުވުމާއި ސަރުކާރު މުއައްޒަފުން ގިނަވުމާއި އިސްރާފު ބޮޑުވުމުގެ ވާހަކަ އަކީ އެއިރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް އެންމެ ގަދަޔަށް ދައްކާ ވާހަކައެވެ. ސިޔާސީ ޕޯޑިއމްތަކުގައި ވާދަވެރިން ގައުމުގެ ހާލަތާ ގުޅުވާ ދައްކާ ވާހަކައިން ފިތްކަނޑައިގެން ދާވަރުވެއެވެ. ދެންމެ ދެންމެ މުޅި ގައުމުއެކީކަށް ބަނޑަށްޖެހި އަމިއްލައަތުން ކަށްވަޅު ކޮނެގެން އެރި ތިބޭވަރު ކޮށްލައެވެ.

    ވާދަވެރިން ކޮންމެ ވާހަކައެއް ދެއްކިޔަސް ދަރާވިކި ގޮތް ހުސްވެގެން އެއްވެސް ސަރުކާރަކުން އުޅޭތީއެއް ނުފެނެއެވެ. ސަރުކާރުތަކުން އެކަންކަން އަބަދުވެސ ދޮގުކުރެއެވެ. ރައްޔިތުންނަށް އުންމީދުދެއެވެ. ޔަގީންކަން ދެއެވެ. ގައުމު ހަމަ މަގުގައި އޮތްކަމަށް ބުނެއެވެ. ރާއްޖޭގެ އިގުތިސާދަށް އަރާކޮންމެ ލޮޅުމެއް ގުޅުވާލަނީ އެއިރަކު ދުނިޔޭގެ އިގްތިސާދަށް އަރާލޮޅުންތަކާއެވެ.

    އެއްވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވާ ދުވަސްކޮޅު ކުރީ ސަރުކާރު ބޮލަށް ކަންކަން ކަނޑަމުން ބައެއް ކަހަލަ އުދަގޫ ފިޔަވަޅުތައް ސަރުކާރުތަކުން އަޅަމުންއައެވެ. ދަރަނި ދައްކަމުން ދަރަނި ނަގަމުން ދަރަނި އަދާކުރުން ފަސްކުރުވަމުން އެކިޒާތުގެ ލުއިތައް ސަރުކާރު ތަކުން ހޯދައެވެ. ވާދަވެރިން ބުނާކަހަލަ ހިތި ބޭހެއްބޯކަށް ނުޖައްސައެވެ. ގައުމު ބަނޑަކަށް ނުޖައްސައެވެ. ރައްޔިތުންގެ ހެވާލާބައަށް ކުރަމުން އައި އެއްވެސް ކަމެއް ނުހުއްޓައެވެ. 

    ރައީސް ނަޝީދުވެރިކަމުގައި ސިވިލް ސަރވިސް މުސާރައިން ކުޑަ މިންވަރެއް ހިފަހައްޓާލުން ފިޔަވާ އެނގުންވާވަރު އެއްވެސް ކަމެއް ކުރީގެ ސަރުކާރަކުން ނުކުރެއެވެ. ކޮވިޑްގެ އާލަމީ ވަބާގައިވެސް ސަރުކާރު މުއައްޒަފުން ގޭގައި ތިބީ ހަމަ މުސާރައިގައެވެ. ސަރުކާރުން ފަށާފައިވާ އެއްވެސް ކަމެއް ނުނިންމާ ހުއްޓައެއް ނުލައެވެ. ދަރާވިކިގެން ކަމެއް ވާކަށްނެތޭ ކިޔައިގެން ކުރީގެ ސަރުކާރުތަކުން ނޫޅެއެވެ. އިގްތިސާދީ ލޮޅުންތައް ހައްލުކުރަނީ ރައްޔިތުންނަށް އުންމީދާ ޔަގީންކަން ދެމުންނެވެ. 

    އިގުތިސާދު ފުންވަޅުގަޑެއްގަައި އޮތްކަމުގެ ރަނގަބީލު ޖަހަމުން ވެރިކަމަށް އެރި މުއިއްޒު ވެސް އެކަމަށް ފަރުވާލެއްނެތެވެ. ކުރަނީ ކުރާނެ ކަމެކެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އެއްްވެސް ކަމެއް ނުކުރެއެވެ. ކޮރަޕްޝަނާއި އިސްރާފު އިންތިހާއެވެ. ސަރުކާރުގެ މަތިބަރުކަން ހައްދު ފަހަނައަޅާފައެވެ. ދެއްކުންތެރިކަމާއި ހައިބަތު ބޮޑުކުރުމަށް ކުރެވޭ ހޭދަ ބޮޑުތަނުން ކުރީ އިތުރެވެ. އާއްމުން ހިދުމަތްތަކުން ނަގާ އަގު ކުރަނީ ބޮޑެވެ. ކުރީސަރުކާރުން ބޮޑުކުރި ޖީއެސްޓީއެއް ކޮތަޅު ޓެކްހެއް ކަނޑައެއް ނުލެވުނެ. ކުރިން ފަށާފައިވާ އަސާސީ ހިދުމަތް ގާއިމުކުރުމުގެ ގިނަ މަޝްރޫއުތައް ހުއްތާލާ ދައުލަތަތުން އެކަންކަމަށް ކޮށްފައިވާ ހޭދަ ކޮށްލަނީ ބޭކާރެވެ. ބުނެ އިންޒާރު ކުރަމުން ދަނީ އާއްމު ރައްޔިތުން ހިތިބޭސް ބޯންޖެހޭކަމަށެވެ. އެކަމަކު ވެރިން އާސްމާނުގައެވެ. އާއްމުން ދަރަނި ދަންތުރާގައެވެ.

    ]]>
    Sun, 16 Jun 2024 11:47:43 +0500 ނިއުސް ޑެސްކް
    ގާނޫނާހިލާފަށް އުޝާމް އޭޖީކަންކުރިކަމުގެ އިއުތިރާފެއް! https://heerasnews.com/2539 https://heerasnews.com/2539 ބަންޑާރަ ނައިބަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރެކެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ ރައިސުލްޖުމްހޫރިއްޔާ އައްޔަނުކޮށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ފާނޑިޔާރަކު ލާދޭ ހުވައެއް ރައީސްގެ ކުރިމަތީގައި ކޮށްގެން މަގާމުގެ ޒިންމާ ހަވާލުވާ ބައެކެވެ. 

    ރައީސް މުއިއްޒުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ބަންޑާރަ ނައިބުކަމުގެ ޒިންމާއާ މަތިކުރާކަށް ފުރަތަމަ ފަހަރު ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނުލިބުނެވެ. މަޖިލީހުން ރުހުން ނުލިބުމުންވެސް އަލުން މަގާމަށް އައްޔަނުކޮށްގެން އުޅުނެވެ. މަޖިލީހުގެ ރުހުން ނުލިބެހުރެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ވަޒީރުންގެ މަޖިލީހުގައި ބައިވެރިވުމާ ދައުލަތުގެ ގާނޫނީ އެތައް ޒިންމާއެއް އުފުލާ ނިންމުންތައް ނިންމާ ހަދަމުން އުޝާމް ގެންދިޔައެވެ.  

    ގާނޫނު އަސާސީ ބުނާ ގޮތުން ޖޭއެސްސީގައި ބަންޑާރަ ނައިބު އިންނަން ޖެހެއެވެ. ޖޭއެސްސީގެ ނިންމުންތައް ނިންމުމަށް ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމަކީ ބަންޑާރަ ނައިބުގެ ގާނޫނީ ޒިންމާއެކެވެ. 

    މަޖިލީހުގެ ރުހުން ނުލިބުނު ހިސާބުން ބަންޑާރަ ނައިބުކަމުގައި ހުރި އުޝާމް ޖޭއެސްސީގެ ޖަލްސާތަކަކަށް ނުދެއެވެ. އޭރު ޖޭއެސްސީގެ 15 ޖަލްސާއެއްގައި އުޝާމް ބައިވެރިވެފައެއް ނުވެއެވެ. ހަމަ އެހެންމެ ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ބާ ކައުންސިލްގައި ވެސް އުޝާމް ބައިވެރިވާން ޖެހެއެވެ. ބާކައުންސިލްގެ ޖަލްސާތަކުވެސް އޭރު އުޝާމް ބައިވެރިއެއްނުވެއެވެ. 

    ޖޭއެސްސީއާއި ބާ ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވެއްޖެނަމަ ފެންމަތިނުވެ ނުދާނެ ގާނޫނީ މައްސަލަތައް އުޝާމަށް އެނގޭނީތާއެވެ. ޖޭއެސްސީއަކީ ގާނޫނީ ސިޔާސީ މުއައްސަސާއެކެވެ. ޖޭއެސްސީގެ ޖަލްސާއަކަށް އޭރު ދިޔަނަމަ ވެއްޓޭނީ ހޫނުފެނަށްކަން އުޝާމަށް ރަނގަޅަށް އެނގޭނެއެވެ. ބާ ކައުންސިލަކީ ރާއްޖޭގެ ހުރިހާ ގާނޫނީ ވަކީލުންނަށް ނިސްބަތްވާ ގާނޫނީ މުއައްސަސާއެވެ. އުޝާމްގެ ގައިރުގާނޫނީ ބަންޑާރަނައިބުކަން ބާ ކައުންސިލުން ބަލައި ނުގަންނާނެކަން އުޝާމަށް އެނގެއެވެ. 

    އެއްވެރިކަމެއްގައި އެއްމަގާމަކަށް އައްޔަނު ކުރަން މަޖިލީހުން ރުހުން ނުދީފައިވާ މީހަކަށް އަލުން ރުހުން ހޯދަން ހުށަހަޅައިގެން ރުހުން ހޯދުމަކީ ގާނޫނު ދަންނަކަން ކަމަށް ނުވިޔަސް ހުދުމުހުތާރު ވެރިކަމެއްގައި ވެރިމީހާ ބޭނުންވުމުން ކަމެއް ނުވެވޭ ގޮތެއް ނުއޮންނާނެއެވެ. ގާނޫނަކުން މަނާ ނުކުރާތީ އުޝާމްގެ ބަންޑާރަ ނައިބުކަން ވެސް އެގޮތަށް މިހާރު އެތިބީ ހަލާލުކޮށްގެންނެވެ.  

    ހަލާލުކުރި ބަންޑާރަ ނައިބުކަމުގައި ނޫސްވެރިން ކުރިމައްޗަށް ނިކުމެ އުޝާމް އަމިއްލައަށް ކަށަވަރުކޮށްދިނީ ކުރިން ހުރީ ހަރާން ބަންޑާރަ ނައިބު ކަމެއްގައި ކަމެވެ. ޖޭއެސްސީގެ ޖަލްސާތަކަށް ފަހުން ނުދާން ފެށި ސަަބަބަކީ ރުހުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅިފައި ނެތުމުންކަމަށް އުޝާމް ބުނުމުން އުޝާމް އޭރު އެހުރީ ގައިރު ގާނޫނީކޮށް ކަމާމެދު ޝައްކެއް ނެތް މިންވަރަށް ޔަގީންވީއެވެ. 

    ވަރަށް ސާފުބަހުން އުޝާމް ބުނީ " އަޅުގަނޑު ދެވަނަ ފަހަރަށް ރައީސް އެޕޮއިންޓް ކުރެއްވީމައި ރުހުމުގެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމާ އޮތުމުން ޖޭއެސްސީގެ ޖަލްސާތަކަށް ނުދަން،" ކަމަށެވެ. އަނެއް ކޮޅުން ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ބާ ކައުންސިލްގައި އިންނަން ޖެހޭއިރު ބާ ކައުންސިލްގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ވެސް އޭނާ ބައިވެރިނުވާ ކަމަށް އުޝާމް ވަނީ އިއުތިރާފް ވެފައެވެ. 

    ]]>
    Sat, 15 Jun 2024 14:28:59 +0500 ނިއުސް ޑެސްކް
    ޕީޖީ ޝަމީމަކީ މުއިއްޒުގެ ގޮޑިކޮއްކޮއެއް؟! https://heerasnews.com/2538 https://heerasnews.com/2538 މުއިއްޒު ވެރިކަމަށް ހުވާކުރުމާއެކު ފަނޑިޔާރުގެއަށް ނުފޫޒުފޯރުވުން ނިމުނީކަމަށް މުއިއްޒު އޮތީ ބުނެފައެވެ. ހުވާކުރުމަށްފަހު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން މުއިއްޒު އެހެންބުނީ ރައީސް ޔާމީނު މިނިވަން ކުރުމާ ބެހޭގޮތުން ދެއްކި ވާހަކައިގައެވެ.

    ހަގީގަތަކީ އެއީއެއް ނޫނެވެ. މުއިއްޒުވެސް ބޭނުންވާ ކަމެއްކުރުމަށް ފަނޑިޔާރުގެއަށް ނުފޫޒުފޯރުވައެވެ. ވެރިކަމަށް މިވީ ކުޑަ ދުވަސްކޮޅުގައިވެސް މުއިއްޒު ފަނޑިޔާރުގެއަށް ނުފޫޒުފޯރުވާކަމުގެ ހެކިތައް ބައިވަރެވެ. 

    މިދާކަށް ދުވަހު ހޯމްލޭންޑް މިނިސްޓަރ އިހުސާނާއި ފުލުހުންގެ ވެރިންތަކަކާ ދެކޮޅަށް ކްރިމިނަލް ކޯޓުން ހީވީ ދެންމެ ދެންމެ ފިޔަވަޅުއަޅާ ބުރިން ހަން ނަގާފާނެހެންނެވެ. އެ މީހުން ކޯޓުގެ ހުރުމަތް ކަނޑައިގެންނެވެ. ފަނޑިޔާރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެންނެވެ. ވީއެއް ނުވީއެއް ނޭގުނެވެ. ކްރިމިނަލް ކޯޓުގެ ފިޔަވަޅު އެޅުން ވެގެން ދިޔައީ ޖަމަލު ފޮޑިއަށެވެ. ބާރަށު ސުޖާއު ބުނިހެން ވެރިކަން ލިބުނީމާ މުއިއްޒު ކުޅި ކުޅެލަނީތާއެވެ. 

    ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރ އަހުމަދު ނިހާނު ހަސަން މަނިކުގެ މައްޗަށް ކޮރަޕްޝަނާއި ރިޝްވަތުގެ އެތައް ދައުވާއެއް އުފުލުނެވެ. އުފުލުނު ދައުވާތަކުގެ ޝަރީއަތް ނުހިނގާ އެތައް ދުވަހެއްވުމަށް ފަހު ކުއްލިޔަކަށް ނިހާނު ސާފު ހުދު ފޮތިކޮޅަކަށް ވެއްޖެއެވެ. ދައުލަތުން ކުރިހާ ދައުވާ އަނބުރާ ގެންގޮސްފިއެވެ. ޝަރީއަތް ކުރުމަކާނުލާ ނިހާނު މައުސޫމް ވެއްޖެއެވެ. ދައުލަތުން ކުރާ ދައުވާތަކަކީ ނުފޫޒެއްނެތި ކުރާކަމެއް ނޫންކަން ސާބިތުވެއްޖެއެވެ. ދައުލަތުގެ ޕްރޮސިކިއުޓަރަކީ ގޮފަޅު ގޮޑިކޮއްކޮއެއްކަން ސާބިތުވެއްޖެއެވެ. ދައުލަތުން ކުރަނީ ބުރަދަނެއް ނެތް ކުޅޭކުޅޭ ދައުވާތަކެއްކަން ހާމަވެގެން ހިނގައްޖެއެވެ. 

    ނިހާނުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެނައުމުން ޝަރީއަތަށް މުއިއްޒު ނުފޫޒު ފޯރުވާވަރު ހާމަވެގެން ދިޔައީ ދައުލަތުގެ އިސް މަގާމަކަށް ނިހާނު އައްޔަނުކުރި ކުރުމުންނެވެ. ނިހާނު އިސްކުރި މަގާމަކީ ރައީސް މުއިއްޒަށް އިސްކުރެވޭނެ މަގާމެއް ނޫނޭ ބަޔަކު ބުނެފާނެއެވެ. ރައްޔިތުންގެ މަޖިލީހަކީ ވަކިބާރެކޭ ކިޔާފާނެއެވެ. އެކަން އޮތީ އެހެން ނޫންކަން އެންމެނަށްމެ އެނގެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ބައިންދަންވީ މީހާ މުއިއްޒު ކަނޑައަޅާ ހިސާބަށް ބަދެވިފައިވާ މަޖިލީހެއްގައި މުއިއްޒު ބޭނުންވެގެން ކުރާކަމެއް ނޫނީ ނުކުރެވޭނެ ނޫން ހެއްޔެވެ. 

    މަޖިލީހުގެ އިދާރީ ވެރިކަމެއް ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދައިގެ ތުހުމަތުން ފޯވެފާހުރި ނިހާނަށް ދިނުމަށް މައްސަލަތައް އަނބުރާ ގެންދިއުމަކީ މުއިއްޒު ބޮޑުކޮށް ޝަރީއަތަށް އަތްބާނާކަމުގެ ހެއްކެކެވެ. މަޖިލީހެއް ފަނޑިޔާރުގެއެއް މިނިވަން މުއައްސަސާއެއް މުއިއްޒުގެ ނުފޫޒުން ނެއްޓިފައެއް ނެތްކަން އެނގޭކަމެކެވެ. 

    ]]>
    Fri, 14 Jun 2024 12:01:43 +0500 ނިއުސް ޑެސްކް
    ޖޭއެސްސީ އިސްލާހުކޮށް ކޯޓަށް ނުފޫޒު ފޯރުވުން މުއިއްޒަށް ހުއްޓުވިދާނެބާ! https://heerasnews.com/2537 https://heerasnews.com/2537 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮނިގަނޑު ބަދަލުކުރުމުގެ ވައުދާއެކުއެވެ. ނަމަވެސް ރައީސް އިބްރާާހިމް މުޙައްމަދު ސޯލިހު އެ ވައުދު ނުފުއްދަވާތީއޭ ބުނެ, އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އައީ ފާޑުކިޔަމުންނެވެ.

    ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތުން ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އެ ކޮމިޝަނުގައި ތިއްބަވައެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅަކާއި، އެޓާނީ ޖެނެރަލާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެގޮތުން އެ ކޮމިޝަން އޮންނަނީ ނުފޫޒުގެ ތެރޭގައި ތާށިވެ ފިތިބާރުވެފައި ކަމަށް ސިޔާސީ ގިނަ ބޭފުޅުން ވިދާޅުވެއެވެ.

    އޭރު އެންމެ އަޑުހަރުކޮށް ވާހަކަދެއްކެވި އެއް ބޭފުޅެެއް ކަމަށްވާ މިހާރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައިވަނީ ރައީސް އިބޫގެ ސަރުކާރުން ޖޭއެސްސީ ވިޔަފާރި ކުންފުންޏަކަށް ހަދާފައިވާ ކަމަށެވެ. ކޯޓުތަކުގައި ހުކުމްކުރައްވަން ތިއްބަވާ ފަނޑިޔާރުންނަށް ހުކުމެއް ކުރެއްވެވެން އޮންނަނީ ކޮމިޝަނުން އެޕްރޫވްދިނީމާ ކަމަށެވެ. މައްސަލައެއް ތާވަލުކުރެވެނީ ވެސް ކޮމިޝަންގެ އެޕްރޫވްއާއެކު ކަމަށެވެ. ވެރިކަން ލިބުނީމާ ކުޅިކުޅެލާނެ ކަމަށް ބުނެ ޝުޖާއު އޭރު ވަނީ ފަނޑިޔާރުންނަށް އިންޒާރު ވެސް ދެއްވައިފައެވެ.

    ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމަށް ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާވަލު ނުކުރަނީ ޖޭއެސްސީގެ ނުފޫޒުން ކަމަށް ވެސް މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އޭރު ވިދާޅުވެފައިވެެއެވެ. ޔާމީންގެ މައްސަލައާ ގުޅިގެން, އޭރު ''ދެފަޔަށް ހިނިއަރައިގެން'' އިރުއިރުކޮޅާ ރައީސް އޮފީހަށާއި ހައިކޯޓަށާއި ޖޭއެސްސީއަށް ދުވި މިހާރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ޢަބްދުއްރަހީމް އަބްދުއްލާ ވެސް ވިދާޅުވީ އިބޫގެ ސަރުކާރުން ޖޭއެސްސީ އޮތީ ހިސޯރުކޮށްފައި ކަމަށެވެ.

    ޕީޕީއެމް/ޕީއެންސީގެ ޔާމީނަށް ބޭވަފާތެރިވި ''ބައިގަނޑު'' އޭރު އައީ ޖޭއެސްސީއާއި ފަނޑިޔާރުގެއާ ބެހޭ ގޮތުން މިފަދަ މޭރުންތަކުން ވާހަކަ ދައްކަމުންނެވެ. 

    އޭރުގެ އިދިކޮޅުން ފާޑުކީ ނަމަވެސް ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތް ރައީސް އިބޫގެ ސަރުުކާރުން ކޮށްފައިވެއެވެ. ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައި ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލެއް ވެސް މަޖިލީހަށް ފޮނުވިއެވެ.

    މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ޖުޑީޝަރީއަށް އަތްބާނައި ނުފޫޒު ފޯރުވުން ނިންމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ސިޔާސީ މީހުން މަދުކޮށް ޝަރުއީ ދާއިރާގެ މީހުން ގިނަކޮށް ހަގީގީ ގޮތުގައި ޒިންމާދާރު ޖޭއެސްސީ އަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. 

    ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި 37 ބިލެއް ފޮނުއްވަން ސަރުކާރުން ނިންމާފައިވާއިރު އޭގެތެރޭގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބިލެއް ހުށަހަޅަން ވަނީ ނިންމާފައެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބިލެއް ހުށަހަޅަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުމަށް ކަމަށެވެ.

    ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިތުރު އިސްލާހުތަކާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން މިހާރު މަޝްވަރާކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޝަރުއީ ނިޒާމަށް ބާރު ފޯރުވާ މީހަކު ހުރިނަމަ ސަރުކާރުން ވަކިކުރައްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

    މިދިޔަ އޭޕްރީލު 15 ގައި ކްރިމިނަލް ކޯޓުން ވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާނާއި، ދިވެހި ފުލުހުންގެ ހިޚިދުމަތުގެ އިސްވެރިންތަކެއް އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނެފައެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ އިހުސާނާއި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބްއިންސްޕެކްޓަރު މަމްދޫހް ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ކޯޓު ހުރުމަތް ކަނޑާފައިވާ ކަމަށެވެ. ނަމަވެސް މުއިއްޒު އެކަމެއް ބައްލަވައިފައެއް ނުވެއެވެ. ފިޔަވަޅެއް ވެސް އަޅުއްވައިފައެއް ނުވެއެވެ. 

    ކަންމިހެން ހުރިއިރު ސުވާާލަކީ ޖޭއެސްސީ އިސްލާހުނުކޮށްގެން އުޅުނު ބައިގަނޑަށް ވެރިކަން ލިބި މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބި ހުރިހާ ބާރެއް ލިބިފައިވާއިރު ޖޭއެސްސީ އިސްލާހުކުރާނެތޯ އުފެދޭ ސުވާލެވެ. ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް މުއިއްޒު ވިދާޅުވިޔަސް އެކަން އެގޮތަށް އޮންނާނެތޯ އުފެދޭ ސުވާލެވެ. 

    ޖަވާބަކީ ޖޭއެސްސީ އިސްލާހުކުރަން އެ އުޅެނީ ނަމެއްގައިކަމެވެ. މުއިއްޒު އެ ވިދާޅުވާ ''ހަގީގީ މާނައިގައި'' ޖޭއެސްސީ އިސްލާހު ނުވާނެކަމެވެ. ނުކުރާނެކަމެވެ. ކުރުމުގެ ނިޔަތެއް ވެސް ނެތްކަމެވެ.

    ޖޭއެސްސީ އިސްލާހުނުކޮށްގެން އޭރު ދެއްކި ހުރިހާ ވާހަކަތަކަކީ މިނިވަންކަން ގެއްލެނީކަމަށް ބުނެ ''އިންޑިއާ އައުޓް'' ކެމްޕޭން ޖެއްސި ފަދައިން ވެރިކަން ހޯދުމަށް އޭރު ކުޅުނު ސިލްސިލާ ޑްރާމާތަކުގެ އެޕިސޯޑެކެވެ.

    ]]>
    Fri, 14 Jun 2024 09:47:56 +0500 ނިއުސް ޑެސްކް
    ބަނޑުހައިހޫނުކަމުގެ ނުރައްކަލުގައި 8000 ކުދިން! https://heerasnews.com/2536 https://heerasnews.com/2536 ފަސް އަހަރުން ދަށުގެ 8،000 ކުދިންނަށް ކާނާ ލިބުން ދަތިވެފައިވާ ގައްޒާގައި "ކާރިސާވެރި ބަނޑުހައިހޫނުކަމެއް" ކުރިމަތިވާނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯގެ ވެރިޔާ ދެއްވައިފިއެވެ.

    ގައްޒާގެ އޮފިޝަލުން ބުނާ ގޮތުގައި އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 250 ދުވަސް ވެފައިވާއިރު، މިހާތަނަށް 15،694 ކުދިން ޝަހީދުވެ،  17،000 ކުދިން މައިންބަފައިން ނެތި، ޔަތީމުވެފައި އެބަތިއްބެވެ.

    ގައްޒާގެ އުތުރުގައި ކާބޯތަކެތީގެ ދަތިކަން ބޮޑުވެ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާއިރު،  ކާބޯތަކެތީގެ ގިނަ ބާވަތްތައް ހުސްވެފައިވާ ކަމަށް ގައްޒާގެ އޮފިޝަލުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވެއެވެ.

    އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށް  ފަލަސްތީނުގެ ދިފާއުގައި މަސައްކަތްކުރާ ހަމާސްއިން ބުނެފައިވެއެވެ. އެހެނަސް އެމެރިކާގެ ހާރިޖީ ވަޒީރު ބްލިންކެން ވިދާޅުވަނީ ހަމާސްއިން ހުށަހަޅާފައިވާ ކަންކަމަށް އެއްބަސްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގައި މަދުވެގެން 37،202 މީހުން ޝަހީދުވެ،  84،932 މީހުން ޒަހަމްވެފައިވެއެވެ.

    ]]>
    Fri, 14 Jun 2024 09:28:17 +0500 ނިއުސް ޑެސްކް
    ޖެހިފާހުރި އިސް ރައީސް މުއިއްޒު ނަގަނީ ގަދަކަމުން https://heerasnews.com/2535 https://heerasnews.com/2535 ފަހަކަށް އައިސް މާގިނައެއްކޮށް އިވޭ ވާހަކައެކެވެ. ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިންނާއި ދަށުން ކަންތައްތަކެއް ކުރާވާހަކައެކެވެ.

    ރައީސް މުއިއްޒުގެ އިސްނެގުން މިހުންނަނީ އާފާޑަކަށެވެ. އަމިއްލައަށް ފެނިގެން އިސްވެކުރާކަމެއް ކުރާން އުޅޭކަމެއް ނެތެވެ. އަމްދުން ރައީސްގެ އިސްނަގައިގެން ކަމެއްކޮށްފިޔޭ ބުނެފިނަމަ އެކަމަކީ އެކަމެއް ނުކޮށްގެން ބަޔަކު އަޑުއުފުލާ ކަމަކަށް ނޫނީ ނުވެއެވެ. ރައީސް މުއިއްޒު އިސްނަގައިގެން ކަމެއްކޮށްފިޔޭ ބުނެފިނަމަ ބަލާނެ ކަމެއްނެތެވެ. އެކަމެއް އެކުރަނީ މަޖުބޫރު ވެގެންނެވެ. ނުކޮށް ނުވެގެންނެވެ. އެގޮތުން ކުރާ ގިނަކަންކަން ކުރަނީ އުނބަށް ޖަހާ އުސޫލުންނެވެ. 

    އިއްޔެ ރައީސް އިސްނަގައިގެން ބޮޑުކަންނެލި މަސްވެރިންނަށް ތެޔޮގަންނަން ލިބޭ އަގު ހެޔޮކޮށްފިކަމަށް އެބަބުނެއެވެ. ރައީސް އިސްނަގައިގެން ބޮޑުކަންނެލި މަސްވެރިންނަށް ތެޔޮ އަގުހެޔޮ ކުރަން އިސްނަގަން ރައީސަށް އެނގުނީ މަސްވެރިން ނިކުމެ މުޒާހަރާކޮށް ގޮތް ހުސްކޮށްލުމުންނެވެ. 

    ޕީއެސްއެމް މެދުވެރިކޮށް ރައީސް އިސްނަގައިގެން ފަލަސްތީނާއެކު ދިވެހިން ތިބިކަމަށް ދައްކަން ތެލެތޯން ބާއްވަން އެގެނީވެސް ގޮތް ހުސްވެގެންނެވެ. އިޒުރޭލު ޕާސްޕޯޓް ބޭން ކުރުމަށް ގޮވާލެވޭ އަޑު ގަދަވެ ގޮތް ހުސްވެގެން ހަދާނެ ނުހަދާނެ އެއްޗެއް ނޭނގިގެން މީޑިއާ ސްޓަންޓެއް ރައީސް އިސްނަގައިގެން ޖައްސާލީއެވެ.

    ފަލަސްތީނު ރައްޔިތުންނަށް ކާމީޔާބާ ނަސްރަށް އެދި ފަސްނަމާދުގައި ކިޔަމުން އައި ގުނޫތު ހުއްޓާލުމަށް ފަހު ހަތަރުފަސް މަސްފަހުން އަލުން ގުނޫތު ކިޔަން ފެށިފެށުންވެސްވީ ރައީސްގެ އިންނެގުމަކަށެވެ. ފަސްވަގުތު ނަމާދަށް ގޮވުންވެސް ރައީސްގެ އިސްނެގުމަކަށް ހަދާފާނެއެވެ.

    ކަރަންޓް ބިލްތަކަށް ލުޔެއްދިނުމުގައި ޑިސްކައުންޓްގެ ގޮތުގައި ރޯދަމަހު ކަނޑާލި ބައި ޖެހިގެން އައި ބިލަށް ވައްދާލީ ދުންބުރައިގެން ދާވަރަށެވެ. ހަމައެއް ލަމައެއް އެޔެއް މިޔެއް ނުބަލައެވެ. އަރައިގެން ރުޅިން މީހުންގަނޑު ކެކިއަރައިގަތުމުން އެއްކަލަ ރައީސް އިސްނަގައިގެން ކަރަންޓް ބިލުތައް މުރާޖިއާ ކުރަން ނިންމީޔޯލައެވެ. 

    ރަތްމަހަށް ނުގޮވާހާ އެއްޗެތި އިންޑިއާއަށް ގޮވާ ޒަމާންވީ ގުޅުން ގޯސްކޮށްލުމަށްފަހު ރައީސް އިސްނަގައިގެން ގުޅުން ރަނގަޅުކުރަން އުޅުމަކީވެސް އެކަހަލަ އަރަތެކެވެ. ބޮކުބާރު ދައްކަން އުޅެއުޅެ އެކަން ނުވުމުން އިސްނަގައިގެން ނާށިގަނޑު ހިފައިގެން ސަލާން ޖަހަންފެށީމާ ކައިރީގައި ބައިންދައިގެން ވަށިވަށިން ދީފާ ބާނާލިގޮތް ލަހެއްނުވެ ފެންނަން ފަށާނެއެވެ. 

    ކަމަކާ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަން ފެށުމުން ކިރިޔާކަމެއް ކޮށްލާ ވާހަކަ ބުންޏަސް މުއިއްޒުގެ ބޮޓުންގެ ކަމަކީ ރައީސް އިސްނެގިއްޔޭ ކިޔައިގެން ސުރުހީ ހަދައިގެން ފެތުރުމެވެ. ރައީސް މުއިއްޒު އިސްނަގައިފިޔޭ ބުނެފިނަމަ ބަލާނެ ކަމެއްނެތެވެ. އެކަމެއް ކުރާނީ ގޮތް ހުސްވެގެންނެވެ. އެހެންގޮތެއް ނެތިގެންނެވެ.   

    ]]>
    Thu, 13 Jun 2024 13:54:02 +0500 ނިއުސް ޑެސްކް
    ވެއްޓިވެއްޓި އޮތް ވެރިކަން ކޮޅަށްޖަހައިދިން މީހުނަށް މުއިއްޒު ދިނީ ކޮޅުކެހި https://heerasnews.com/2534 https://heerasnews.com/2534 ރާއްޖޭގެ ރައީސް ކަމުގައި މިހާރު އެހުރި މުއިއްޒަކީ އިހުސާންތެރިކަމުގެ ކަންފުޅެއްވެސް ނެތް މީހެކެވެ. ހެޔޮކަމެއް ކޮށްދޭ ކޮންމެ މީހަކަށް ތެޔޮހަންދޭ މީހެކެވެ. ވަކި ކަމެއްގައެއް ނޫނެވެ. ހުރިހާ ކަމެއްގައިވެސް މުއިއްޒުގެ އޮންނަނީ ކޮރަކަލީގެ ހަމައެވެ. ކަޅުއޮށު ބަނޑު ދަށުގައި ހުރެ ކޮރަކަލި ބޮޑުވެ ހަންޖަކަށް ވުމުން ބަޑިޖަހާ ކަޅުއޮއްކާލާ ފަނިހަންޖެކޭ މުއިއްޒެކޭ ތަފާތެއް ނެތެވެ. 

    ސިޔާސީ ދަތުރު އަދާލަތުން ފަށައިގެން ވެރިކަމަށް އައުމަ ހަމައަށް މުއިއްޒު ކަންކުރީ ކިހިނެއްކަން ކިތަންމެ ފަހަރަކު ކިތަންމެ ބަޔަކު އެބަ ކިޔައެވެ. ރައީސް ޔާމީނުގެ ހިޔަނިން ބާރުވެރިވެ ގަތްގޮތާއި ރިޔަސީ ޓިކެޓް ދަމައިގަތްގޮތަކީ އައުވާހަކައެއް ނޫނެވެ. ރައީސް ޔާމީނުގެ ފަލްސަފާއާއި ފޮޓޯފުޅާއި ހުސްގޮނޑިއަކީ އެންމެން ދުށްތަނެވެ.

    ވެރިކަމާ މުއިއްޒާ ދެމެދަށް އޮތް ހުރިހާ ހުރަހެއް ގިރާކުރުމުގައި އިހުސާންތެރިކަމާއި މޫނަށް ކަނދުރާއަށް ބެލުމަކީ މުއިއްޒުގެ އޮންނަކަމެއް ނޫނެވެ. ވެރިކަން ލިބުމުން ވެރިކަމަށް ގެންނަން ވޯޓުދިން ގިނަ މީހުނަށްވެސް ދިނީ ދޯކާއެވެ. ކޮށްލީބާކީއެވެ. ފަހަތުގައި އޮތް ބިޔަ ބޮޑު ޕީޕީއެމް ހުދުކާފޫރަށް ހަދާލީއެވެ. ރައީސް ޔާމީން ސައްޕުޖަހާ ބޭރުކޮށްލީއެވެ. 

    ވެރިކަމުގެ މާމުއި ހަނދުވަރުގައި މުއިއްޒަށް ވެރިކަން ދިފާއުކުރުންވީ ފިސާރި އުނދަގޫ ކަމަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ މުއިއްޒާ ދެކޮޅަށެވެ. ވެރިކަމުން އަޒުލްކުރުމުގެ އަޑު އޭރު ކަނޑައިގެން ނުދެއެވެ. ފަސޭހަކަމާއެކު މުއިއްޒު ވެރިކަމުން އަޒުލުކުރުމުގެ ބާރު އިދިކޮޅަށް އޮތެވެ. ރައީސް ވެރިކަމުން އަޒުލްކުރަން އޮތްމަގު ކުރުކޮށް ފަސޭހަކަމާއެކު ވެރިކަމުން އަޒުލުކުރެވޭ ގޮތަށް އުސޫލު ބަދަލު ކުރެވިގެން ދިޔަތަން ވެސް ފެނިގެން ދިޔައެވެ.

    ދެނަކާ ދެނެއްނެތެވެ. މުއިއްޒު ގޮތްހުސްވެ އިދިކޮޅު ޕާޓީއަށް މަޖިލީހުގައި އޮތް މެޖޯރިޓީ ނަގާލަން ކުރެވެން އޮތްހާކަމެއް ކުރަންފެށިއެވެ. ނަތީޖާ ގޯހެއްނޫނެވެ. ހެދިއެއްޗެއް ހަދައިގެން 12 މެންބަރަކު އުފުރާލިއެވެ. ކުއްލިއަކަށް 12 މެންބަރަކު ކޮޅު ބަދަލު ކުރުމަކީ އިއްތިފާގެއް ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ.

    ޕާޓީ ބަދަލުކުރި މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި މިލިޔަނުން ފައިސާއާއި ޕްރޮޖެކްޓާއި ކަޓާއި ވަޒީފާތައް ދިންކަމަށް ތުހުމަތުކުރެވުނެވެ. އެ މެންބަރުން އަލުން ދާއިރާއަށް ވާދަ ނުކުރުން ޝަރުތުކޮށް ގިނަކަންތައް ތަކެއް ކޮށްދޭން އެއްބަސް ވެވުނު ކަމަށްވެއެވެ. ކޮޅުބަދަލުކުރި މެންބަރުންގެ ތެރެއިން ދެމީހަކު ނޫނީ އަލުން މަޖިލީހަށް ވާދައެއް ނުކުރެއެވެ. މުއިއްޒު އެދުނު ގޮތަށް ހުށައެލުން ގަބޫލުކޮށްގެން މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ހޯދާދޭން އެ މީހުން ބުރަކޮށް މަސައްކަތް ކުރިއެވެ. 

    ކުލަ ބަދަލުކުރި މެންބަރުން ކުރިއްސުރެ ދެއްކިހާ ވާހަކައާއި ކުރިހާކަންކަން "ޝިފްޓް ޑިލީޓް"ވެ ނުކުރާ ކަމަކަށްވެ މުއިއްޒުގެ ވެރިކަން ދިފާއު ކުރުމުގައި އައު އިސްލާމުންނެކޭ ތަފާތެއް ނެތުނެވެ. މަޖިލީހުގެ ތަޅުމުގައި މުއިއްޒުގެ ދިފާއުގައި ނޫޅޭ ގޮތެއް ނުކުޅޭ ޑްރާމާއެއް ނެތެވެ. ޕާޓީ ބަދަލުކުރި މެންބަރުންގެ ބުރަ މަސައްކަތުން މުއިއްޒު އަޒުލު ކުރިޔަނުދީ ހިފަހައްޓާލިއެވެ.

    މުއިއްޒު ބޭނުންވި ގޮތަށް ބޭނުންވި ކަންތައްވެ ނިމިއްޖެއެވެ. ވެރިކަމުގައި ހަމަޖެހުމުގެ ނޭވާ މުއިއްޒަށް ލެވިއްޖެއެވެ. އަޒުލުން ސަލާމަތް ވެއްޖެއެވެ. ޕާޓީ ބަދަލުކުރުވި މެންބަރުންގެ ބޭނުން ކެނޑިއްޖެއެވެ. ދޭން ވައުދުވި ފައިސާއެއް ހަމައަކަށް ނުދިނެވެ. ކޮށްދޭން ބުނި އެއްވެސް ކަމެއް ކޮށެއްނުދިނެވެ. ދެ މީދާފެހި ބުޅަލަށް ވީވަރުވެސް އެ 12 މެންބަރުންނަށް ނުވިއެވެ. ވެއްޓިވެއްޓި އޮތް ވެރިކަން ކޮޅަށްޖަހައިދިން މީހުނަށް މުއިއްޒު ދިނީ ކޮޅުކެއްސެވެ.  

    ]]>
    Thu, 13 Jun 2024 13:50:15 +0500 ނިއުސް ޑެސްކް
    ސަރުކާރުން ޓަކައިގަނެގެންއުޅޭ 80 މިލިޔަން ހޯދާ އިހުތިޖާޖު https://heerasnews.com/2531 https://heerasnews.com/2531 މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ 80 މިލިއަން ރުފިޔާ އަދިވެސް ނުދެއެވެ. މޮޅެތި ވާހަކަ ދައްކާލަ ދައްކާލާ މުއިއްޒުމެން އެތިބެނީއެވެ. މަސްވެރިންނާއި އެމީހުންގެ އާއިލާތައް ދަރާވިކި ބޯހިކޭކަށް ނެތެވެ. އަނގަޔާ އަތަ ދިމާވާކަށް ނެތެވެ. ކަރަންޓްބިލު ދެއްކޭކަށް ނެތެވެ. 

    އޮޑި ދޯނިފަހަރުގެ ވެރިންގެ ގެދޮރާއި އޮޑިދޯނިފަހަރުގެ ލޯނުފައިސާ ބޭންކަށް ނުދެއްކެއެވެ. އިންޓަރެސްޓް މަތިމައްޗަށް އަރަމުން ދަނީއެވެ. ލޯނު ނުދެއްކިގެން އެތައް އޮޑިވެރިންގެ މައްސަލަ އޮތީ ކޯޓުގައެވެ. ބޭންކަށް ގެދޮރާއި އޮޑިދޯނި ފަހަރު ނަގާ ހިސާބަށް ހިނގައްޖެއެވެ.

    އަނބި ދަރިންނާ ވަކިން ކަނޑުމަތީގައި ރެޔާއި ދުވާލު ކުރާ މަސައްކަތުން ހޯދާ މަސްކޮޅު ދިރުވާލައިގެން ސަރުކާރުން އެތިބެނީ ހިނިއައިސްފައެވެ. މަސްވެރިން ކުރާ ހަލާލުމަސައްކަތުން ހޯދާ މަސްކޮޅު ޓަކައިގަނެގެން ފައިސާ ނުދީ ތިބޭކަށް ޖެހެލުމެއް ނުވެއެވެ. ލަދެއްނުގަނެއެވެ. މަސްވެރިންނަށް އެމީހުންގެ ހަލާލު މަސައްކަތުން ހޯދާ މަސަކިރާފާ ދޭންޖެހޭ ފައިސާ ނުދެވޭ ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް ނުއޮންނާނެއެވެ. 

    މަސްވެރިންނަށް ކެތްނުވެގެން އެންމެފަހުން އަނެއްކާވެސް މުޒާހަރާއަށް އެ ނިކުތީއެވެ. މުޢިއްޒުއާއި އޭނާގެ ފިޝަރީޒް މިނިސްޓަރ ކަހަތަން ހިރުވާނުލައެވެ. މަސްވެރިން ބާނާ މަސްކޮޅު ސަރުކާރުންވަނީ ޓަކައިގެންފައެވެ. މަސްކިރާތާ 48 ގަޑިއިރު ނުވަނީސް ފައިސާ ދޭނެކަމަށް ބުނެއެވެ. އެހެނެއްކަމަކު އެންމެ ލޯލާރިއެއްހާ ހިސާބުވެސް ނުދޭތާ 4 މަހަށްވުރެ ގިނަވެއްޖެއެވެ. 4 މަސް ދުވަހު ފައިސާ ފޮއްޗެއް ނުލިބި އުޅޭ މީހެއްގެ ހާލު ހިތައް އަރުވާލަ ބަލާށެވެ. އެންމެ މަހެއްގެވެސް މުސާރަ ނުލިބިއްޖެނަމަ ވާވަރު ސިޔާސީ ވެރިން ނިކަން ހިތައް އަރުވާލަބަލާށެވެ. 

    ސިޔާސީ އެތައް މުވައަޒަފުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ހޭދަކުރާން ފައިސާހުރެއެވެ. ބޭކާރު ދަތުރުތަކާ ގޮތެއްފޮތެއް ނުބަލާ ކުރަމުންދާ ބޭކާރު ހަރަދުތައް ކުރާނެ ފައިސާ ސަރުކާރުގައި ހުރެއެވެ. ނުހުންނަނީ މަސްވެރިން ކިރާ މަހަށް ދޭނެ ފައިސާއއެވެ. 

    މަޖިލިސް އިންތިހާބު ތެރޭގައި މަސްވެރިންގެ އަޑުކަނޑުވާލަން ދިން ފައިސާކޮޅު ނޫނީ ހައްބަހަލާލު މުކައްބަވެސް ނުދެއެވެ. މަސްވެރިން ހޯދަން އެއުޅެނީ އެމީހުންގެ ހަލާލު މަސައްކަތުން ހޯދާ ހަލާލު ފައިސާއެވެ. މަސްވެރިން ހޯދަން އުޅެނީ މުއިއްޒު ހެޔޮފުޅުކަމުންދޭ ހަދިޔާއެއް ނޫނެވެ. ސަރުކާރުން ޓަކައިގަނެގެން އުޅޭ 80 މިލިޔަނަށްވުރެ ގިނަ ފައިސާއެވެ.

    ]]>
    Wed, 12 Jun 2024 15:59:04 +0500 ނިއުސް ޑެސްކް
    މުއިއްޒު ވީވައުދު ނުފުއްދާތީ ބޮޑުކަންނެލި މަސްވެރިން ރަތަށް! https://heerasnews.com/2529 https://heerasnews.com/2529 ރައީސް މުއިއްޒު ޒާތްޒާތަށް މީޑިއާ ސްޓަންޓް ޖައްސަނީއެވެ. ދިވެހި ސިފައިން ބެރުޖަހާ ނަށަނީއެވެ. ސްޓެލްކޯއިން ކަރަންޓް ބިލް ބޮޑުކޮށްގެން ރައްޔިތުން ފެލަނީއެވެ. އިޒްރޭލު ޕާސްޕޯޓް ބޭން ކުރުން ބަހަނާއަކަށް ހަދައިގެން ތިބެ ފަލަސްތީނާއެކު ދިވެހިން ތިބިކަމަށް ދައްކަން ޖަޒްބާތުގައި ޖައްސައިގެން ނިކަމެތިން އަތުގާ ހުރި މަދު ފައިސާކޮޅު ދަމާލަނީއެވެ. މަސްވެރިން ކިރި މަހަށް އަގު ނުލިބިގެން ހަނާވަނީއެވެ. ބޮޑުކަންނެލި މަސްވެރިން މަހަށް ހަމައަގު ނުލިބިގެން މުޒާހަރާ ކުރަނީއެވެ. 

    ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ. އެއްކޮޅުން އުޅެނީ ހިތިބޭސް ބޯންދޭށެވެ. ހިއްކާފައި އޮތް ބިމުން މާލޭ މީހުނަށް ގޯތި ދިނުމަކީ ދައުލަތަށް މިލިޔަން ލިބޭ ގެއްލުމަކަށް ވެގެން އެކަން ވާކަށް ނެތެވެ. ރައްޔިތަކަށް މޮޅެއް ރަނގަޅެއް ވާން އޮތް އެއްވެސް ކަމެއް ކޮށްދެވޭނެ ހަކަތައެއް ސަރުކާރުގައި ހުންނަ ކަމަކަށް ނުވެއެވެ. ދެހާސް ތިންހާސް ސިޔާސީ މީހުނަށް މުސާރައާއި އިނާޔަތް ދޭނެ ފައިސާ ސަރުކާރުގައި ހުރެއެވެ. 

    ހައްގު ހޯދަން ރާއްޖޭގެ އެތަންމިތާ އެއްވާނަކަށް މުޒާހަރާ ޖެހެންފެށީ ކެތް ނުކުރެވުނީމައެވެ. ދެކުނުގެ މަސްވެރިން އެތިބީ މުޒާހަރާގައެވެ. ބޮޑުކަންނެލި މަސްވެރިން އެތިބީ މުޒާހަރާގައެވެ.

    ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ތިއްބާ ސަރުކާރުން ޖީބުކަނޑަން ނިކުތީމާ ގައުމު ކެކި އަރަން ފަށާނެއެވެ. ދައްކާ ހުވަފެނަކަށް ނުފުއްދާ ދޮގު ވައުދަކަށް އަބަދަކު ނުހެއްލޭނެއެވެ. 80 ރުފިޔާއަށް ބޮޑުކަންނެލި ކިލޯއެއް ގަންނާނެކަމަށް މުއިއްޒު އޮތީ ވައުދުވެފައެވެ. ކުރީ ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރަން ބޭނުންވާ ހުރިހާކަމެއްހެން ނިންމާ މަސްގަންނަ އަގު ބޮޑުކުރުން  ވެސް މި ސަރުކާރަކަށް ކަމަކު ނުދިޔައެވެ. މަހަށް ހަމަ އަގު ހޯދާދޭން ހަމަޖައްސަން ހުރި ކަންކަން ހަމަޖެއްސުމުގެ ބަދަލުގައި ދައްކަނީ އަގުތިރި ކުރުމުގެ ވާހަކައެވެ.

    48 ގަޑިއިރު ތެރޭގައި މަސްވެރިން ކިރާމަހަށް އަގުދޭން ބުނެ ވައުދު ވެގެން އައިސް ތިން ހަތަރު މަސް ވާއިރު ލޯލާރިއެއް އަގުގެގޮތުގައި މަސްވެރިންނަށް ދިއްކޮށް ނުލެވޭ ސަރުކާރަކީ ސަރުކާރެއް ހެއްޔެވެ. ކުރީ ފަހަރު މަސްވެރިން ކޫއްޑޫއަށް އަރައިގަތުމުން ތަނަކުން ދަރަންޏަށް ފައިސާކޮޅެއް ހޯދާފައި މަސްވެރިންނަށް އޭގެން ބައެއް ދިއްކޮށްލާ މަސްވެރި އަލިބެއަށް ބޮޑު ވަޒީފައެއް ދިނީމާ މަސްވެރިނަށް އަގުދެވުނީ ކަމަށް ހީވީތާއެވެ. 

    ބޮޑުކަންނެލި މަސްވެރިންގެ އަޑު ނާހާ މޮޅުވާހަކަ ދައްކައިގެން ފަރުޖައްސާކަށް ދެން ލާހިކެއްނޫނެވެ. ޑޮލަރަށް ހަމައަގު ސައީދު ހޯދާދޭހެން ޝިޔާމް ވެސް މަސްވެރިންނަށް ހަމައަގު އަނގައިން އެބަ ހޯދާދެއެވެ. ޑައިވިންގފުޅި އަޅައިގެން އަޑިއަށް ޝިޔާމް ދާހެން ބޮޑުކަންނެލި މަސްވެރިކަން އަޑިއަށް ދުއްވާލަން ނޫޅޭށެވެ.

    މަސްވެރިކަން ހަލާކޮށްލުމަށް ގޮތް ނެތިގެން ކަނޑު ލޭނު އަޅަންވެސް ހުއްދަ ދެނީއެވެ. ދުވަސް ކޮޅަކުން ދޭނީ ކަނޑުކަހާ ދާއެޅުމުގެ ހުއްދައެވެ. މަސްވެރިން އެ ތިބިއްޔަކީ މުއިއްޒު ޖަހާހާ ސަކާރާތަކަށް އަތްޖަހާ ގޮތަކަށް ނޫނެވެ. ނުފުއްދާ ދޮގު ވައުދުތަކެއްގެ އަވާގައި ހަފުސްވާކަށް ނޫނެވެ.

    މަޖިލީހުގެ މެޖޯރިޓީ ލިބުމުން ހިތުހުރިކަމެއް ހިތުހުރި ގޮތަކަށް ކުރެވިދާނެކަމަށް ހީކުރުމަކީ މުއިއްޒުގެ މޮޔަކަމެވެ. އެއްވާނަކަށް މުޅިގައުމު ކެކިއެރަން ފެށީމާ ފިލާރައްކާ ވުމަކަށްވެސް ފަސޭހައެއް ނުވާނެއެވެ. މަސްވެރިންނަށް ވީވައުދު ނުފުއްދާ މުއިއްޒަށް ތަންތަން ހުޅުވާ ރެބަންކަޑާ މީޑިއާ ސްޓަންޓް ޖައްސަން ހުއްޓަކަ ނުދޭނެއެވެ. މަސްވެރިން އެތިބީ އެއަށްވުރެ ރުޅި ގަދަވެފައެވެ.  

    ]]>
    Wed, 12 Jun 2024 13:17:09 +0500 ނިއުސް ޑެސްކް
    ބަހަނާ ދައްކައިގެން ކުރަންއުޅޭ ކަމަކީ މާލޭ މީހުނަށް ގޯތިނުދޭން https://heerasnews.com/2527 https://heerasnews.com/2527 ކަމެއް ނުކުރާން ބޭނުންވުމުން ދައްކާނެ ބަހަނާ ހުންނާނެއެވެ. އަޅާނެ ހަމަ އޮންނާނެއެވެ. ކަމެއް ނެތިއްޔާ ކަމެއް ހޯދައިގެންވެސް ނުކޮށްވޭތޯ ބަލާނެއެވެ. މާލެ ސަރަހައްދުން މާލޭ ރަށްވެހިންނަށް ގޯތި ނުދީ ވާން އޮތް ހުރިހާ ގޮތެއް މުއިއްޒު އެދަނީ ހަދަމުންނެވެ. 

    ފުރަތަމަ ދެއްކީ މާލޭ މީހުނަށް ގޯތިދޭނީ ފުށިދިއްގަރުފަޅުން ކަމަށެވެ. އަވަސް ރަހުމަތެއްގައި އެކަމެއް ނުވަނެއޭ ކިޔަން ފެށުމުން ބުނީ އަށް މަސް ދުވަސްތެރޭގައި ހިއްކާ ނިންމާނެ ކަމަށެވެ. ރަސްމާލެ ހިއްކިޔަސް ބުރިޖަކުން ގުޅާނުލެވޭ ހިސާބު ދުރުގައި އޮތުމުން އެތަނަށް މީހުން ބަދަލުވުމަށް ވިއްސަކަށް އަހަރު ނަގާނެ ކަމަށް ބުނެ އެއަޑު ގަދަވުމުން ދެއްކީ ޓަނަލެއް އަޅާވާހަކައެވެ. 

    ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކަކީ މާލެއާ ބްރިޖުން ގުޅާލެވޭ ހިސާބުގައި އޮތް ތަންތަން ކަމުން ރައްޔިތުން ބާރު އަޅަމުން ދިޔައީ ގޯތިތައް އެމީހަކަށް ދިންތާކުން ހަވާލުކޮށް ދިނުމަށެވެ. ނުނިމި ހުރި ރަޖިސްޓްރީތައް ނިންމާ ހަވާލުކޮށް އިމާރާތް ކުރުމަށް ހުއްދަ ދިނުމަށެވެ. މަގުތައް ހަދައިދީ ޕަބްލިކް އިންފްރާންސްޓްރަކްޗަރ ގާއިމުކޮށް ދިނުމަށެވެ. 

    ދެނަކާ ދެނެއް ނެތެވެ. ސަރުކާރުން ދައްކަންފެށި ވާހަކައަކީ ގޯތިދޭ ސަރަހައްދުގައި ނުހިކޭ ބިންތަކެއް އޮތްވާހަކައެވެ. ސަރުކާރުން އިސްކަން ދިނީ ނުހިކޭ ބިމެއް އޮތްނަމަ އެތަނެއް ހިއްކާފާ ހަވާލުކުރުމަކަށް ނޫނެވެ. މަގުތަކާ ގޯޅިތަކާ ހަދާ ކަރަންޓާ ފެނާ ދޭކަށް ނޫނެވެ. ގޯތިތައް ހަވާލުކޮށް މާލޭގެ ނިކަމެތި ރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދޭން އެއްކަމެއް ނުކޮށް ބަހަނާ ދައްކާށެވެ. 

    މާލެ ސަރަހައްދު ގޯތި ދިނުމާ ގުޅުވައިގެން އުފަންކުރުވި އަނެއް ވާހަކައަކީ ހުޅުމާލޭން ދޭން ކަނޑައެލީ ގޯތިތައް މަގަށް އަރާ ވާހަކައާއި ފެނާ ކަރަންޓާ ނަރުދަމާ ހޮޅިތަކެއްގެ މަތިން ގޯތި ދޫކޮށްފާހުރި ވާހަކައެވެ. އެހެން އެކަން އޮތްނަމަ އެޗްޑީސީން އެކަމަށް ކުރިއްސުރެ އޮންނާނީ ގޮތެއް ނިންމާފައެވެ. އެއްޔަކީ މިކަހަލަ ޒަމާނެއްގައި ބަހަނާއަކަށް ދައްކަން ކޮން ވާހަކައެއް ހެއްޔެވެ. 

    އަނެއްކާ ކުއްލިއަކަށް އިވުނީ ގިރާވަރުފަޅުން ދޭން ހަމަޖެހިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމުގެ ވާހަކައެވެ. އެކަމުން ވެސް އިތުރު ހަރަދާ ވަގުތު ދުއްވާލުން ނޫން ކަމެއް ވާނީއެއް ނޫނެވެ. ބޭނުމަކަށްވީ މަޖިލީސް އިންތިހާބު ނިމެންދެން ލަސްކޮށް ފަސްކުރުމެވެ. މަޖިލިސް އިންތިހާބު ނިމިއްޖެއެވެ. ގޯތިތަކެއް ނުދިނެވެ.

    މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު މުއިއްޒުގެ ކޮއްކޮ ސައުދާ އަނގަފުޅާކޮށްފައި ބުނީ މާލޭ ސަރަހައްދުން މާލޭ މީހުނަށް ގޯތި ދިނުމަކީ ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. ސައުދާ ބުނާނީ މުއިއްޒުގެ ބަހެވެ. ޖަރީމާއެކޭ ކިޔައިގެން މިހާރު މުއިއްޒު ފޫގަޅާފައި އެހުރީ މާލެ ސަރަހައްދުން މާލޭ މީހުނަށް ގޯތި ނުދިނުމަށެވެ. އެއީ ޖަރީމާއެއް ކަމަށް ގަބޫލުކުރުވަން ޑްރާމާ ކުޅުމަށެވެ. 

    އެންމެ ފަހުން މުއިއްޒު ޖެއްސި ޗައްކަރު ދެކިބަލާށެވެ. މާލެ ސަރަހައްދުން މާލޭ މީހުނަށް ހިލޭ ބިން ދިނުމަކީ އެޗްޑީސީއަށް މިލިޔަނުން ލިބޭ ގެއްލުމެއްކަމަށް ބުނެ އޯޑިޓް ރިޕޯރޓެއް ނެރުވައިފިއެވެ. ގެއްލުމުގެ ވާހަކަދައްކަން އެޗްޑީސީ އެއީ ކޮންތަނެއް ހެއްޔެވެ. އެޗްޑީސީއަކީ ސަތޭކަ ޕަސެންޓް ސަރުކާރު ކުންފުންޏަކަށް ވާއިރު ސަރުކާރުން ހުޅުމާލެ ހިއްކި ބޭނުން އެޗްޑީސީއަށާއި މުއިއްޒަށް އޮޅިއްޖެއެވެ.

    ހުޅުމާލެއަކީ މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޯހިޔާވަކަން ދިނުމަށް ދައުލަތުން ހޭދަކޮށްގެން ހިއްކާ ތަރައްގީ ކުރަމުންދާ ތަނެކެވެ. ސައްތައިން ސައްތަ ސަރުކާރު ހިއްސާގައި އެޗްޑީސީ އުފައްދާފައިވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދޭށެވެ. މާލެ ސަރަހައްދުގެ ބިމުން ވިޔަފާރިކޮށް ހިންގަންތިބި ބައެއްގެ ޖީބުތައް ފުރާކަށް ނޫނެވެ. 

    އަޖައިބެއް ނުވާނެހެއްޔެވެ. ދައުލަތުން ލޯނު ނަގައިގެން ތަރައްގީ ކުރަނީ ހުޅުމާލެ އެކަންޏެއްނޫނެވެ. ރަށްރަށުގެ ބިންހިއްކުމާއި ބަނދަރުހެދުމާއި މަގުހެދުމާ އެނޫންވެސް ބޮޑެތި އިންފްރާންސްތްރަކްޗަރތައް ގާއިމު ކުރަނީ ދައުލަތުގެ ފައިސާއިންނެވެ. ރަށްރަށުގެ ހިއްކިބިމުން ގޯތި ހިލޭ ދެވެންޏާ މާލެ ސަރަހައްދުން މާލޭ މީހުނަށް ހިލޭ ގޯތިދިނުން ޖަރީމާއަކަށް ވާނެ ގޮތެއް ނުއޮންނާނެއެވެ. އެކިފަހަރު އެކި ބަހަނާ ދައްކާ ހަމައަޅުވައިގެން ކުރަން އުޅޭ ކަމަކީމާލޭ މީހުނަށް ގޯތިނުދިނުމެވެ.  

    ]]>
    Tue, 11 Jun 2024 21:34:55 +0500 ނިއުސް ޑެސްކް
    އެމްޑީޕީ އިދިކޮޅުގެ ގޮތުގައި ނިކުމެ ހަށިފޮޅާލަނީ https://heerasnews.com/2526 https://heerasnews.com/2526 އެމްޑީޕީ ހަމަ އިސްކޮޅަށް ތެދުވެ އަނެއްކާވެސް ހިންދަމާލަން ތައްޔާރު ވެއްޖެއެވެ. ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމުގައި އެމްޑީޕީގެ ދައުރު ބޮޑެވެ. ރާއްޖޭގައި ޑިމޮކްރަސީއަކީ އެމްޑީޕީ އުފަންކުޅަ ނިޒާމެކެވެ. ޑިމޮކްރަސީއަށް އަދިވެސް އެންމެ ފަރިތަވާނީ އެމްޑީޕީއެވެ. 

    އެމްޑީޕީއަކީ ވަކި މީހެއްގެ ސިޔާސީ ކުރިމަގަށްވުރެ އެމްޑީޕީގެ ކުރިމަގަށް އިސްކަންދޭ ޕާޓީއެކެވެ. ލީޑަރުން އައިސް ގޮސްވުމަކީ އެމްޑީޕީގެ ތޮބީއަތެވެ. މިއަދަކު އެމްޑީޕީއަކީ އިބްރާއެއް ވަހީދެއް މުނައްވަރެއް ޑރ.ޑީޑީއެއް އަލީވަހީދެއް އަލްހާނެއްވެސް ނޫނެވެ. ހަސަންލަތީފެއް އަންނިއެއް ވެސް ނޫނެވެ. ލީޑަރުން ބަދަލުވުމަކީ ޑިމޮކްރެޓިކް ހަމައެވެ. އެހަމަ އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ އެމްޑީޕީގެ ތެރެއިންނެވެ. ވަކި މީހެއްގެ މުށުތެރެއަށް އެމްޑީޕީލާން މަސައްކަތްކުރި ކޮންމެ މީހަކު ވަނީ ސިޔާސީ މައިދާނުގައި ބާކީވެ އިތުބާރުގެއްލިފައެވެ. 

    މޮޅުވުމާއި ބަލިވުމަކީ އެމްޑީޕީ ދަންނަކަމެކެވެ. ފަރިތަކަމެކެވެ. ކޮންމެ ބައްޔަކާ ގުޅިގެން އެމްޑީޕީ އެނބުރި އަންނަނީ އެކި ފަހަރު އެކި ގޮތަށެވެ. އެވަގުތެއްގައި ރާއްޖޭގެ ސިޔާސީވެށި އޮތް ގޮތެއްގެ މައްޗަށް ތަރުތީބުވެ ހިމުން ވެގެންނެވެ. 

    ފާރަވެރިވުމާއި ޑައިލޮގާއި އަޑުއުފުލުމާއި ސީދާ ހަރަކާތަކީ އެމްޑީޕީއަށް އައުކަންކަމެއް ނޫނެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީއަކާއި ސަރުކާރެއް އޮވެ އެމްޑީޕީ ޖެހިޖެހިގެން ދެ ބަލިވުމަކީ ގިނަ ބަޔަކަށް ސިހުން ލިބުނު ކަމެކެވެ. ބަޔަކު މާޔޫސްވެ ކަންބޮޑުވެ ހިތްވަރު އެލުނުކަމެކެވެ. އޭގެ މާނައަކީ މިހާރު އެމްޑީޕީ ނެތުމެއްނޫނެވެ. ޑީއާރުޕީ ދިޔަމަގުން އެމްޑީޕީ ދިޔުމެއްވެސް ނޫނެވެ. ޑީއާރުޕީގެ ޒައީމް ފެކްޝަން ޕީޕީއެމްއަށް ވީހެން އެމްޑީޕީއާސްވެ ވާގިނެތި ދަ ޑިމޮކްރެޓްސް ބޮޑުވެ ފައްކާވުމަށް އޮތް މަގެއްވެސް ނޫނެވެ. 

    އެމްޑީޕީގެ ތެރެއިން ވައިވެގެން އެތައް ޕާޓީއެއް އުފެދުނެވެ. އިބްރާގެ ސޯސަލް ލިބަރަލް ޕާޓީއާއި ވަހީދުގެ ގައުމީ އިއްތިހާދާއި މުނައްވަރުގެ އެމްއާރުއެމްއެވެ. ދެ ފަހަރު މަތީން އުފެދުނު ލޭބަރ ޕާޓީއެވެ. ކޮންމެ ޕާޓީއަކާއެކުވެސް ނިކަން ނަމުން ބޮޑު ލީޑަރެއް ހުއްޓެވެ. އާހިރުގައި އެހުރިހާ ޕާޓީއެއްވެސް ދިޔައީ ތޮޅިއަށެވެ. ލީޑަރުން ދިޔައީ ފެންނުހިފައެވެ. ފެންނަ ފެނުމަށް ދަ ޑިމޮކްރެޓްސްއަށް ވެސްވާނީ ހަމަ އެހާކަށްވަރެވެ. އަދިވެސް އޮންނާނީ އެމްޑީޕީއެވެ. ރާއްޖޭގެ ޑިމޮކްރަސީގެ މަންމައަކީ އެމްޑީޕީއެވެ. 

    ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއި ދެވަނަ ބުރުގައި ވާދަކޮށްލަން އެމްޑީޕީ ނޫން ޕާޓީއެއް ވޯޓުން ކައިރިވެވޭ ހިސާބުގައިވެސް ނެތެވެ. ދޮގާ ވަގާ މަކަރުން ވެރިކަން ދަމައިގަނެގެން ހުރެ ރިޝްވަތާއި ވަޒީފާއާއި ނުފޫޒުން ކަޅިވެފައިވާ ޑިކްޓޭޓަރ މުއިއްޒުގެ ދެއިނގިލި ދޭތެރެއިން އިދިކޮޅަށް މަޖިލީހުގެ 12 ގޮނޑި ދަމައި ގަނެވުނު ބަޔަކީވެސް އެމްޑީޕީއެވެ. އެމްޑީޕީ ރޫޅާލަން ނިކުތް ދަ ޑިމްއަށް އެންމެ ގޮނޑިއެއްވެސް ނުލިބި ދިޔައީ ޗޮކުންނެވެ. 

    ވަރުގަދަ ކަމާއި ސާބިތުކަމާއެކު ސަރުކާރު ޖަވާބު ދާރީކޮށް ރައްޔިތުނަށް ހައްގު މިންވަރު ކަށަވަރު ކޮށްދިނުމަށް އެމްޑީޕީ ހަށިފޮޅާލާފައި ނިކުތުމަށް ތައްޔާރުވެއްޖެއެވެ. ދެ އިންތިހާބު ގެއްލުނު ސަބަބުތައް ދެނެގަނެ ވަރުގަދަ މަގުޗާޓެއްގެ ތެރެއިން އަމާޒަށް ވާސިލުވުމަށް އަޅަން އޮތް ކޮންމެ ފިޔަވަޅެއް އަޅާ ސަރުކާރު ހަމަމަގަށް އަޅުވަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް އެމްޑީޕީ ތައްޔާރެެވެ. އެމްޑީޕީ މަރެއްނުވެއެވެ. އެމްޑީޕީ ސަލާމަތް ސިއްހަތުގައި އެބައޮތެވެ. މުއިއްޒުގެ ސަރުކާރު ހަމަބިމަށް ތިރިކުރާނީ އެމްޑީޕީންނެވެ.   

    ]]>
    Tue, 11 Jun 2024 15:36:17 +0500 ނިއުސް ޑެސްކް
    ރައީސްގެ ޖަވާބު ސައިބޯނި ބޮތްކަކަށް https://heerasnews.com/2525 https://heerasnews.com/2525 އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ ފެބްރުއަރީ ފުރަތަމަ ދުވަހު "ރައީސްގެ ޖަވާބު" މި ނަމުގައި ސިލްސިލާ ޕްރޮގްރާމެއް ފެށިއެވެ.

    އެ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް، މި ސިލްސިލާގައި، އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް ވަރަކުން  އެ މަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެ ކަމަށެވެ.

    ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް އާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

    މި ބުނާ ޕްރޮގްރާމެއް ފެށިގެން ފެބްރުއަރީ 23 ވަނަ ދުވަހަށް ކޮންމެ ދުވަހަކު ކުރިއަށްދިޔައެވެ. ދެން ކުރިއަށްގެންދިޔައީ 25 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. 

    އެއަށްފަހު މާޗު 1 ގައި ޕްރޮގްރާމް ގެނެސްދިނުމަށްފަހު ދެން ގެނެސްދިނީ އެ މަހުގެ 8 ގައެވެ. އަދި އެ މަހު 10 އިން 19 އަށް ކުރިއަށް ގެންދިއުމަށްފަހު ދެން ގެނެސްދިނީ 21 އިން 25 އަށެވެ. އަނެއްކާ ވެސް މެދުކެނޑުމަކަށްފަހު ދެން ފެށީ މާރޗް 30 ގައެވެ. އެންމެ ފަހުން ގެނެސްދިނީ އޭޕްރީލް 7 ގައެވެ.

    އޭގެފަހުން ބަހަބަރެވެ. އަދިއަދަށް ދާންދެން ވެސް މި ބުނާ ޕްރޮގްރާމެއްގެ ހިލަމެއް ނެތެވެ. މުއިއްޒު ސްޕީޑޭ ބުނަމުންދާއިރު, ދެ މަސްވެގެންދިޔައިރު ވެސް މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ވެސް ނެތެވެ. މި ޕްރޮގްރާމެއް މިވީ ސައިބޯނި ބޮތްކަކަށްތާއެވެ.

    މި ޕްރޮގްރާމެއް ފެށުމުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މުއިއްޒަށް ސަނާކިޔަމުން ގެންދިޔައެވެ. އެމަނިކުފާނަކީ ރައްޔިތުންގެ އަޑުއައްސަވާ ބޭފުޅެއް ކަމަށާއި ރައްޔިތުންނާ ގާތުން މަަސައްކަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށް ސިފަކުރަމުންނެވެ.

    ކުރިޔާލާ ސުވާލު ދީގެން ޕާޓީ ކުދިން ލައްވާ ސުވާލުކުރުވާ ޖަވާބު ދިނުމަށް ހިންގި ޕްރޮގްރާމް ގިނަ ބަޔަކު ސިފަކުރީ ރައީސް ކުޅުއްވާ ޑްރާމާއެއްގެ ގޮތަށެވެ.

    ''ވީޑިއޯތަކަށް ބަލައިލުމުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ސުވާލުކުރަން ފުރުސަތުދީފައި އޮތް ތަން ފެނިގެންދިޔައީ. ކުރީބައިގައި މިވެނި ސުވާލެއް ކުރާށޭ ބުނެ ތައްޔާރުކޮށްފައި އޮންނަ ކަމަށް ލަފާކުރެވެނީ. ހަމަ ޑްރާމާއެއް އެއީ'' އާންމުންގެ މީހަކު ބުނެފައިވެއެވެ.

    ''އެއީ ރައްޔިތުންގެ ބޮލަށް ޗިޕުޖަހަން ހޮޅި މުއިއްޒު ބޭނުންކުރާ އުކުޅެއް'' އެހެން މީހަކު ބުނެފައިވެއެވެ.

    މި ޕްރޮގްރާމަށް ބަލާއިރު ފުރަތަމަ ދުވަހުގެ ސުވާލަށް މުއިއްޒު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް އެކަން ހަމަޖައްސަވާނެ ކަމަށެވެ. ސަރުކާރުން މަސައްކަތްކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމެވުމަށް ކަމަށެވެ. އެއަށްފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށް ކަމަށެވެ. ފެބްރުއަރީ 1 ގައި މުއިއްޒު މިހެން ވިދާޅުވި ނަމަވެސް މަސްވެރިންގެ ލާރިކޮޅު އަދިވެސް ނުދެވެއެވެ.

    ]]>
    Tue, 11 Jun 2024 11:34:01 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ ސޫރަޔާއި ސިފަ ހުތުރުވާނީ މިވަރަށް https://heerasnews.com/2524 https://heerasnews.com/2524 ''އަޅުގަނޑުމެންގެ ސަރުކާރުގެ ސޫރަޔަކީ, ސިފަޔަކީ ކޮބައިތޯ؟'' މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށްފަހު ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުއި ސުވާލު ކުރައްވައިފައި ވެއެވެ.

    ޖުމްހޫރީ މައިދާނުގައި ހުންނަވައިގެން ދެއްވި ތަގުރީރުގައި މުއިއްޒު ވަނީ އެ ސުވާލުގެ ޖަވާބު ވެސްް ދެއްވާފައެވެ. 

    މުއިއްޒު އެ ދުވަހު ވިދާޅުވީ ސަރުކާރުގެ ދެފުށް ފެންނާނެ ކަމަށެވެ. އެއްވެސް އެއްޗެއް ފޮރުވައި ސިއްރެއް ނުކުރައްވާނެ ކަމަށެވެ. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނެ އެ ކަންކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ބޭއިންސާފެއް ނުވާނެ ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމު ދިފާއުކުރާނެ ކަމަށެވެ. ގައްދާރު ނުވާނެ ކަމަށެވެ. ހީލަތްތެރިއެއް ނުވާނެ ކަމަށެވެ. ނިކަން ރަހުމާއި ކުލުނާއި އަގަލު ހުންނާނެ ކަމަށެވެ. ރައްޔިތުންގެ އަޑުއައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

    ނަމަވެސް އެއީ މުއިއްޒު އަމިއްލަފުޅަށް ކުރެއްވި ސުވާލަށް މުއިއްޒު ދެއްވި ޖަވާބެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސޫރަޔާއި ސިފަ, ސިފަކޮށްދެއްވި ގޮތެވެ. ރައްޔިތުންގެ ޖަވާބެއް ނޫނެވެ. ރައްޔިތުން މި ސަރުކާރު ސިފަކުރި ގޮތެއްވެސް ނޫނެވެ.

    ވެރިކަމަށް ހައެއްކަ މަސްވީއިރު މުއިއްޒާއި މި ވެރިކަމުގެ އަސްލު ސޫރަ ރައްޔިތުންނަށް މިވަނީ ފެންނަން ފަށާފައެވެ. ސިފައަކަށްފަހު ސިފައެއް ދަނީ ފެންނަމުންނެވެ.

    ތެދުފުޅެއްމެއެވެ. ނިކަން ރަހުމާއި ކުލުނާއި އަގަލު ހުންނާނެ ކަމަށާއި ކޮންމެ ޕާޓީއެއްގެ ރައްޔިތަކު ވެސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަވާނެކަމަށް ވިދާޅުވި މުއިއްޒު ހާލު ދެކެބަލާށެވެ. އެންމެ ފުރަތަމަ ވެސް ސަރުކާރުގެ މަގާމުތައް ބައްސަވައިލެއްވީ އާއިލާއާއި ރަހުމަތްތެރިންނާއި ''ޕާޓީ ކުދިން'' ނަށެވެ. ހީލަތްތެރިއެއް ނުވާނެކަމަށް ވިދާޅުވި މުއިއްޒު ފުރަތަމަ ވެސް ހީލަތްތެރިވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށެވެ. ފަލްސަފާއާއި ފޮޓޯއާއި ''ހުސްގޮނޑިއަކާއި'' , ''ހަރާމް ހުކުމެއް'' ބޭނުން ކުރައްވައިގެން ވެރިކަން ހޯދެއްވުމަށްފަހު ޔާމީނަށް ވެސް ބޭވަފާތެރިވީއެވެ. ހުކުމް ހަލާލުވީތޯއްޗެކެވެ!

    ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެކަމަށާއި އިސްލާމްދީން ދިފާއުކުރާނެކަމަށް ވިދާޅުވިއިރު ހައްޖުގެ އަޅުކަމުން ވެސް ވައްކަންކޮށްފިއެވެ. ހައްޖު ކިއުއަށް ނުފޫޒު ފޯރުވައި އަރިސް ބޭފުޅުންނާއި އެބޭބޭފުޅުންގެ އާއިލާތަކަށް ވެސް ޖާގަދެއްވީއެވެ. ބޮޑު އަގުގައި ހައްޖުކޯޓާ ވިއްކީއެވެ.

    މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު, ''އިންޑިއާ އައުޓް'' ކިޔަމުން ކިޔަމުން އައިސް އެންމެ ފަހުން ނާށިގަނޑު ހިއްޕަވައިގެން ވަޑައިގެން އެ ވެއްޓިވަޑައިގަތީ އިންޑިއާގެ އުނގަށެވެ. ''ޕްރޯ މޯލްޑިވްސް'' އަކަށް ނުވިތާއެވެ! އެންމެ ފަހުން މިވީ ''ޕްރޯ އިންޑިއާ'' އަށެވެ.‏ 

    ސިޔާސީ ބޭފުޅަކު އިއްޔެ ވިދާޅުވެފައިވަނީ މުއިއްޒު އަތުގައި ދެކޮޅުޖެހޭ ހާރިޖީ ސިޔާސަތެއް ނެތް ކަމަށެވެ. އޮތީ ''އުނބައްޖެހުން'' ކަމަށެވެ.

    ޔަގީނުން ވެސް މުއިއްޒު ސަރުކާރުގެ ސޫރަޔާއި ސިފަ ހުތުރުވެއްޖެއެވެ. ދިވެހިން އެކަން މިއަދު ދަނެއެވެ. 

    ‏އޭ މިހިރަ ދިދަޔާއެވެ! ހަމަ ކަށަވަރުން ވެސް މި ސަރުކާރުގެ ސޫރަޔަކީ, ސިފަޔަކީ ކޮބައިކަން ތިބާއަށް ވެސް މިއަދު އެބަ އިހުސާސްވޭ ނޫން ހެއްޔެވެ!

    ]]>
    Tue, 11 Jun 2024 10:38:14 +0500 ނިއުސް ޑެސްކް
    ގައްޒާގެ މަގުމަތީގައި ލޭގެ ކޯރުތައް! https://heerasnews.com/2523 https://heerasnews.com/2523 ނޫސެއިރާތު ރެފިއުޖީ ކޭމްޕަށް އަނިޔާވެރި އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކެއްގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

    މި ހަމަލާތަކާއި ގުޅިގެން އީޔޫއިން ވަނީ އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި “ޤަތުލުއާންމެއް” ކަމަށް ބުނެފައެވެ. ގައްޒާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ޝަހީދުވި މީހުންގެ އަދަދު 226 އަށް އަރައެވެ. 400 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވެއެވެ.

    ގައްޒާގެ މެދުތެރޭގެ އަލްއަގްސާ ހޮސްޕިޓަލުގެ ތެރޭން ފެންނަ މަންޒަރު ތަކަކީ ދުވަހަކުވެސް ހިތުން ފިލައިން ނުދާނެ މަންޒަރުތަކެއް ކަމަށް ޑޮކްޓަރުން ސިފަކުރެއެވެ. އެ މީހުން ބުނެފައިވަނީ ހޮސްޕިޓަލް ތެރޭގައިވެސް ލޭގެ ކޯރުތައް ހެދިފައިވާ ކަމަށެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމުގައި 36،801 މީހުން ޝަހީދުވެ 83،680 މީހުން ޒަހަމްވެފައިވެއެވެ.  އަނެއްކޮޅުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ގައުމުތަކަކުން ފަލަސްތީނުގެ ދިފާއުގައި އަންނަނީ އަޑުއުފުލަމުންނެވެ. 

    ]]>
    Mon, 10 Jun 2024 14:09:45 +0500 ނިއުސް ޑެސްކް
    އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގާސިމް ދެކޮޅު https://heerasnews.com/2522 https://heerasnews.com/2522 ނިޔަތް ގޯހީ މީކާއީލެއް ނޫނެވެ. ނިޔަތް ގޯހީ ބުރުމާ ގާސިމެވެ. ގާސިމުގެ ނިޔަތުގެ ނުބައިކަން ނޭނގޭ ދިވެއްސަކު ރާއްޖެއަކު ނޫޅެއެވެ. ދައުލަތް ދަމާވީދާ ކެއުން ނޫން ކަމެއް ގާސިމު ނުކުރެއެވެ. އަންނަ ކޮންމެ ވެރިކަމެއްގެ ކުރީކޮޅު ސަރުކާރާ ގުޅިގެން އޮބި އަޅާލައިގެން ދައުލަތް ދަވާލުން ނޫންކަމެއް ނުކުރާ މީހެއްގެ އޮންނާނީ ކޮން ހެޔޮ ނިޔަތެއް ހެއްޔެވެ. 

    އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އިސްލާހު ހުށަހެޅުމުން ނިޔަތާމެދު ގާސިމް ސުވާލު އުފައްދާނީ އެހެން ވެގެންތާއެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އެ ބިލު އިތުރަށް ދިރާސާކުރަން ފޮނުވަން ގާސިމް ބޭނުންވީ އިޒްރޭލު ޕާސްޕޯޓް ބޭނުް ކުރުން ދިގު ދަންމާލުމަށެވެ. އެކަން ކޮށްފިއެވެ.

    އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ދައްކައިގެން ގާސިމުމެން ބޭނުންވަނީ ދުނިޔޭގެ މުދާވެރިކަމެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ލިބޭ ވޭން ދެނިވި އަނިޔާއަކީ މި ބައިގަނޑުގެ ކަންބޮޑުވުމެއް ނޫނެވެ. 

    އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނު އިސްލާހު ކުރުމުގެ ކުރިން ފުންކޮށް ވިސްނަންޖެހޭ އެއްޗެއްނެތެވެ. ފިޔަވަޅު އަޅަން ލަސްކުރަން ޖެހޭ ސަބަބެއް ނެތެވެ. އެއަށްވުރެ ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ މައްޗަށް އިޒުރޭލުގެ އަނިޔާވެރިކަން މާބޮޑެވެ.

    މަޖިލީހުގެ ނިންމުން ވާން ވާނީ ރައްޔިތުންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް ނިންމާ ނިންމުމަކަށް ކަމަށާއި، ފިޔަވަޅު އަޅަން ޖެހޭނީ ހުރިހާ ނަޒަރިއްޔާއަކުން ވިސްނުމަށް ފަހުގައި ކަމަށް ބުނެ ގާސިމް މި ދައްކަނީ ކޮންލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ އިހުސާސާ ދެކޮޅަށް އަމިއްލަ މުދާވެރިކަމަށްޓަކާ އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމާ މި ކަލޭގެ ވަރަށް ދެކޮޅެވެ. ނަރަކައިން މީހުން އައިސްގެން ވެސް ގާސިމަށް ޑޮލަރު ލިބެނިކޮށް ނިމުނީއެވެ.

    އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލް މަޖިލީހަށް ހުށަހެޅީ އެއްވެސް ވަރަކަށް ދިރާސާއެއް ނުކޮށް ކަމަށްބުނެ ފިތުނަ އުފައްދަނީ ގާސިމްގެ މުނާފިގު ކަމުންނެވެ. ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ބުނެ އޮޅުވާލަން ގާސިމް އުޅުނަސް ރައްޔިތުންނަކަށް ނޯޅެއެވެ. ސަރުކާރާ ރައްޔިތުންނާ ޖައްސަން ބޭނުންކުރާ އުކުޅުތައް އެންމެ ރަނގަޅަށް އެނގޭނީ ގާސިމަށްތާއެވެ. ގާސިމު ހަޔާތެއް ވޭތުއެކުރަނީ އެމަސައްކަތުގައި ވިއްޔާއެވެ. 

    އަޖައިބެކެވެ. މުސްލިމު ރައްޔިތުންތަކެއް ފަނާކޮށް ހަނާކުރާ ބަޔަކާ ދެކޮޅަށް ފިޔަޅުއެޅުން ލަސްކުރަން އެކިފަހަރު އެކި ހުއްޖަތް ދައްކަނީ މުއްސަދިކަމާ ތަނަވަސްކަމުގައި ކިހާ ދުވަހަކު ގާސިމް ހުންނަން ކަމަށް ހެއްޔެވެ. ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތްކަމަކަށް އިޒްރޭލް ޕާސްޕޯޓް ބޭން ކުރުން ހަދައިގެން އިޒްރޭލު ފަތުރުވެރިން ގެނެސްގެން ލާރި ބައްކުރަން ގާސިމެއް ކަމަކު ފައިވިދޭނެ ކަމެއްނެތެވެ. މުދާވެރިކަމާއި ބާރަކީ އިޒްރޭލުން ހޯދާއެއްޗަކީތާއެވެ. މާއްދިއްޔަތަށް އަޅުކަން ކުރިޔަސް ފުކެއްބޮޑެވެ. 

    ]]>
    Mon, 10 Jun 2024 13:32:30 +0500 ނިއުސް ޑެސްކް
    މެންބަރ ޝުޖާއަށް: އިޒްރޭލް ޕާސްޕޯޓް ބޭންކުރުން ބައިގެން ނުގޮސްއޮތީ ކިރިޔާ https://heerasnews.com/2521 https://heerasnews.com/2521 މަޖިލީހުގެ ގަރާރުން ފާސްކުރީ:

    • އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުން.
    • އިޒްރޭލްގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުން
    • އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ކަނޑާލުން

    ބާރަށު ދާއިރާގެ މެންބަރ މަޖިލީހުގައި ރޫޅިވެރުނަސް ހަގީގަތަކީ ހަގީގަތެވެ. ކިތަންމެ ބާރަށް އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ރާއްޖޭން އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުމަކަށް ނުވިސްނައެވެ. ރައްޔިތުންގެ ފިއްތުންތަކާހެދި ގޮތްދައްކާ ދިގުދެންމިޔަސް ރައީސް މުއިއްޒު އެކަން ކުރާކަށް ބޭނުމެއް ނޫނެވެ. 

    އެމްޑީޕީގެ ވެރިކަމުގައި އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރީ ކީއްވެހޭ ބުނެ އެމްޑީޕީ ބޮލަށް އެކަން ކަނޑާލަން ނޫޅޭށެވެ. ދިމާލަށް ފެންނަން ހުރި ހަގީގަތްތައް ހުރީ ޝުޖާއު ތިޔަ ބުނާހެނެއް ނޫނެވެ. 

    ހަމާސުން އިޒްރޭލަށް ހަމަލާ ދިނީ މިދިޔަ އަހަރުގެ އޮކްޓޫބަރ 7 ގައެވެ. ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ގާޒާއަށް ހަމަލާތައް ދޭންފެށީ 10 އޮކްޓޯބަރ ގައެވެ. އިޒްރޭލްގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގެ މަޖިލީހަށް ގަރާރެއް ހުށަހެޅުނީ 14 އޮކްޓޫބަރ 2023 ގައެވެ. ގަރާރު ފާސްކުރީ 01 ނޮވެންބަރ 2023 ގައެވެ. 

    މަޖިލީހުން ފާސްކުރި ގަރާރުގައި އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލްގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ވަނީ ގޮވާލާފައެވެ.

    ދުވަސްވަރަކީ އިންތިގާލީ މަރުހަލާގެ ފަހު ދުވަސްކޮޅެވެ. ނިމެމުންދާ ސަރުކާރަކުން އެކަން ނިންމުމަށްވުރެ ބައިނަލް އަގުވާމީ ގުޅުންތަކާ ބެހޭކަމެއް އައުސަރުކާރުން ކުރަން ލަސްކޮށްލުމަކީ އެންމެ މަސްލަހަތު ހުރިގޮތެވެ. އެހެންކަމުން އެމްޑީޕީ ސަރުކާރުގެ އެންމެ ފަހުވަގުތުވެސް އައު ރައީސަށް މަޖިލީހުން އެކަން ހަނދާން ކޮށްދިނެވެ.  އެގޮތުން ނޮވެމްބަރު 16، 2023 ގައި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން ލަފާދީ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއެއް ފޮނުވާފައިވެއެވެ.

    ރައީސް މުއިއްޒު ވެރިކަމަށް އެރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގަރާރަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. 19 ނޮވެންބަރ 2023 ގައި ފިރުޒުލް ބުނީ ކޮމިޓީން ލަފާ ދިންގޮތަށް ރައީސް މުއިއްޒު ގޮތެއް ނިންމަވާނީ ދިވެހިންގެ އިސްލާމީ ޝަހުސިއްޔަތާއި ދިވެހިންގެ މަސްލަހަތަށް ވިސްނަވާފައި ކަމަށެވެ. ރައީސް އޮފީހުން ފިރުޒުލް ނޫސްވެރިން ގާތުގައި ފަހުންވެސް ބުނީ ގާނޫނީ ހުރަސްތަކެއް ހުރުމުން އެކަމަކީ ރައީސަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އޭގެ ފަހުން 6 މަސް ދުވަސް ވެގެން ދިޔައިރު އެއްވެސް ގޮތެއް ނުނިންމާ އޮތް އޮތުމަކީ ލަސްކުރުމާ ފަސްކުރުން ނޫން ކޮންކަމެއްހެއްޔެވެ. އިޒްރޭލް ޕާސްޕޯޓް ބޭންކުރުން 6 މަހުގާ ބައިގެން ނުދިޔަކަން ނަސީބެވެ.

    ]]>
    Mon, 10 Jun 2024 12:06:30 +0500 ނިއުސް ޑެސްކް
    ގެރި ކުޑަކަމުދަނީ ޒަމްޒަމް ފެނަށް މުއިއްޒަށްވެއްޖެ! https://heerasnews.com/2520 https://heerasnews.com/2520 ކުރިއަކުވެސް މިހާރަކުވެސް އެމްޑީޕީއަށް އިންޑިއާ ކަމުނުގޮސްގެނެއް ނޫޅެއެވެ. އެމްޑީޕީއަކުން ޗައިނާއާއި ނުރުހިގެނެއްވެސް ނޫޅެއެވެ. ބައިނަލްއަގުވާމީ ގުޅުމަކީ އެމްޑީޕީ ނިކަން ފަރިތަ ކަމެކެވެ. އަޅައިގަނެގެން ނުނެއްޓެވިގެން އުޅޭ އެއްވެސް ބަޔަކު އެމްޑީޕީއަކަށް ނޯވެއެވެ. 

    އިންޑިއާ އައުޓް ކުރަން އުޅުނީ އެމްޑީޕީއަކުން ނޫނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން މަގު ނުހިނގިގެން އުޅުނީ އެމްޑީޕީއަކުން ނޫނެވެ. ބޫޓު ކިބައެއްވެސް ނުބަހައްޓާ އިންޑިއާ މިލިޓަރީ ބޭރުކުރަން އުޅުނީކީވެސް އެމްޑީޕއެއް ނޫނެވެ. ބެކްޔާޑްގައި ނޫންކަމަށް ބުނެ ގަދަ ބަސްބުނީ އެމްޑީޕީއަކުން ނޫނެވެ. ސިޔާދަތުގެ ރަތް ރޮނގު ދަމައިގެން އުޅުނީ އެމްޑީޕީއަކުން ނޫނެވެ.

    އިންޑިއާގެ ގައިގައި ނުޖެހި ބޭސްކުރަން ބެންކޮކާ ދުބައީން އާސަންދަ ދޭން އުޅުނީ އެމްޑީޕީއަކުން ނޫނެވެ. ކާޑާއި އަލުތްވާއި ފިޔާ ޕާކިސްތާނާއި ތުރުކީން ގެންނަން ގަދަފައި ވިއްދާ މަތިހަށި ނެގީ މެމްޑީޕީއެއް ނޫނެވެ. ސަރަހައްދު ބެލެހެއްޓުމަށް އިންޑިއާގެ އެހީ ނުހޯދާން ޑްރޯން ހޯދީ އެމްޑީޕީއެއް ނޫނެވެ. ކަޑުގެ ސާރވޭ އެގްރިމަންޓް ބާތިލުކުރީ އެމްޑީޕީަކުން ނޫނެވެ.  ގެރިއާ އަޅުވައިގެން ބޮޑުވަޒީރު މޯދީއަށް ފުރައްސާރަކުރީ އެމްޑީޕީއަކުން ނޫނެވެ. 

    އޭރުވެސް މި މަންޒަރު ހިތައް ސިފަވެއެވެ. މުއިއްޒު އުނބަށް ޖަހާނެ ފެންވަރު ހިތައްއަރާ އޭރުވެސް ހިނިއާދެއެވެ. އަދި މިއުޅެނީ ހައެއްކަ މަސް ހަމަނުވެއެވެ. ނައިބު ވަޒީރުން ލައްވާ މޯދީއަށާއި އިންޑިއާއަށް ފުރައްސާރަ ކުރިއިރު ތިމާމެނަށް ކުރެވެނީ ކީއްކަން ހިތަކަށް ނާރައެވެ. ދުނިޔޭގެ ނިއުކުލިއަރ ބާރެއް ކަމެއް މުޅި ދުނިޔޭގެ އެންމެ ބޮޑު އާބާދީކަމެއް އޭރަކު މުއިއްޒުމެން ހިތަކަށް ނާރައެވެ. އާރާ ބާރުގެ ގޮތުން އެތަކާއި ހިންޏެއްގެ ތަފާތު ހުރިކަން ނޭގުނެވެ. 

    ގޮތެއް ފޮތެއް ނެތެވެ. އެންމެފަހުން ގޮސް އެހުރީ އިންޑިއާގައެވެ. އަދިއެވެސް މޯދީ ހުވާކުރާ ރަސްމިއްޔާތަށެވެ. އެންމެ ފަހުން އުނބަށް ޖެހީއެވެ. ގެރީގެ ޒާތަކު އެއްޗެއް މޯދީ ބޯކަމަކަށް މިހާރަކު ނުވެއެވެ. މުއިއްޒު އުނބަށް ޖެހުމާއެކު ގެރީގެ ކުޑަކަމުދާ ނަޖިހަކީ ޒަމްޒަމް ފެންކަމަށް މުއިއްޒަށާއި އޭނާގެ އައުވާނުން ވެއްޖެއެވެ. އޭރުވެސް މިހާރުވެސް އެ މޯދީއާއި އެ އިންޑިއާއެވެ. ހަމަ އެ މުއިއްޒެވެ. ގައުމެއްގެ ނިސްބަތުގައި ލަދު ނުގަންނަ ކަމެވެ. 

    ]]>
    Sun, 09 Jun 2024 16:03:47 +0500 ނިއުސް ޑެސްކް
    މުއިއްޒު ކުރުވަނީ ހައްޖުންވެސް ވައްކަން https://heerasnews.com/2519 https://heerasnews.com/2519 އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ނިކަން ރަނގަޅަށް ޑރ. ޝަހީމް އިސްލާމީ ކަންތައް ތަކާ އެބަ ބެހއެވެ. ދީން ވިއްކައިގެން ފައިސާ ހޯދުމުގައި ލަދެއް ހަޔާތެއް ޝަހީމްގެ ނެތެވެ. އިސްލާމިކް މިނިސްޓްރީއަކީ ޗެރިޓީ ފަންޑެކެވެ. އިސްލަމިކް މިނިސްޓްރީއަކީ ވަގުފު ފަންޑެކެވެ. އިސްލަމިކް މިނިސްޓްރީއަކީ ޓްރެވަލް އެޖެންސީއެކެވެ. އިސްލާމިކް މިނިސްޓްރީއަކީ ޑިވޮލޮޕްމެންޓް ބޭންކެކެވެ. ވަޒީރު ޑރ. ޝަހީމްގެ މަސައްކަތަކީ އީސްލާމް ދީނުގެ ރުކުންތައް ވިއްކައިގެން ފައިސާ ހޯދުމެވެ. 

    ދީނީ އަޅުކަމަކީވެސް ބަޔަކު ފައިސާ ހޯދާ ވަސީލަތެއް ކަމަށް ހަދަން ދިމާ ކޮށްފިއްޔާ އެކަމަކީ ނިކަން ރަނގަޅަށް ފައިސާ ހޯދޭކަމެކެވެ. އަޅުކަން ވިއްކަން  ސަރުކާރަކުން ދިމާކުރީމާ ނުވެ ނުދާނެ ހުރިހާކަމެއް ވާނެއެވެ. އަޅުކަން ވިއްކުމަކީ އިސްލާމީ ގައުމުތަކުގައި ކޮށްއުޅޭ ކަމެކޭ ބުނެ ކޮންމެ ކަމެއް ތިމާ އެދޭގޮތަށް ހަލާލުކޮށްގަންނަ ދީނީ އިލްމުވެރިޔަކަށްވުރެ ޖާހިލު އަނެކަކު ނުވެއެވެ. ބިރެއް ކަމެއް ގަތުމެއްނެތެވެ. 

    ހައްޖަކީ ކެރިކުޅަދާނަކަން ލިބިގެންވާ މީހާ އުމުރުން އެއްފަހަރު ކުރަން ވާޖިބު އަޅުކަމެކެވެ. ދީނީގޮތުން ވާޖިބު ނުވާ އަޅުކަމެއް ކުރުވަން ވާޖިބު ނޫން މީހަކަށް ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ކުރުވުމަކީ ދައުލަތަށް އޮތް ހައްގެއް ނޫނެވެ. 

    މާލީގޮތުން މުސްލިމަކު ފުދުންތެރިވެ ހައްޖު ވާޖިބުވުމުން ހައްޖުވުމަކީ އެމީހެއްގެ ޒިންމާއެކެވެ. ދައުލަތުގެ ޒިންމާއަކީ އެމީހަކަށް ފަސޭހައިން ހައްޖުވުމަށް މަގުފަހިކޮށްދިނުމެވެ. ހައްޖުން ވިޔަފާރި ކުރުމެއް ނޫނެވެ.

    މާތްވެގެންވާ ހަރަމްފުޅަކީ ވަކިވަރަކަށް ނޫނީ މީހުނަށް އެއްފަހަރާ ބޭނުން ނުކުރެވޭ ތަނެއްކަމުން ހައްޖުގައި ކޯޓާ އުސޫލެއް އޮތުމަކީ އޭގެން ވިޔަފާރި ކުރަން އޮތް ވިޔާފާރި މުދާ ގަނޑެއްނޫނެވެ. ރާއްޖެއަށް ލިބޭ ހައްޖު ކޯޓާއަކީ ހައްޖު ވާޖިބު މީހުނަށް ހާއްސަކުރެވޭ އެއްޗެކެވެ. ފަރުލު ހައްޖުވެފައިވާ މީހަކަށް ކޯޓާ ދޭންޖެހޭނީ ވާޖިބު ހައްޖު ނުވެތިބި މީހުނަށް ފުރުސަތު ދިނުމަށް ފަހު ބާކީ ޖާގައޮތް ނަމައެވެ. ޝަހީމް ކޯޓާ ދިނުމުގައި މިކަހަލަ އެއްވެސް ކަމަކަށް ނުބަލައެވެ. 

    ހައްޖަށް ދިޔުމަށް ނިޔަތްގަނެ ފައިސާ ދައްކަމުންދާ މީހުން ތިއްބާ މުޅިން އެހެން ބަޔަކަށް ދައުލަތުގެ ހަރަދުގައި ހައްޖުވުމަށް ފުރުސަތުދީ ވެއިޓިންގ ލިސްޓްގެ ފުލަށް  ހައްޖުވުމަށް މީހުން ދައްކާ ފައިސާއިން ވިޔަފާރި ކޮށްލަކޮށްލާ ޑރ. ޝަހީމު ހުންނަންވީއެވެ. މި އަހަރަށް އިތުރުކޮށްދިން ހައްޖު ކޯޓާތައްވެސް ބޮޑުއަގުގައި ކަޓްނަގައިގެން ވިއްކީއެވެ. މަތިމައްޗަށް ރުހުން ހޯދަން ހުށައަލުވައިގެން ވެސް އިސްލާމިކް މިނިސްޓަރު ކަމަކީ ނުކުރާވަރު ކަމެއްނޫންތާއެވެ.  

    ހައްޖު އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުން ހައްޖަށް މީހުން ފޮނުވުމަކަށް މިހާރަކު ފުރުސަތެއް ނެތެވެ. ހުރިހާ ކޯޓާ އޮންނަނީ ޝަހީމްގެ ހައްޖު ބޭންކުގައި ނީލަމުގައެވެ. ހިލޭ ކޯޓާ ލިބުމުގެ ދޮރު ޖަމާއަތްތަކަށް ނިކަން ރަނގަޅަށް ވަނީ ބަންދުކޮށްފައެވެ. ބިޑް އުސޫލުން އެންމެ ބޮޑު އަގެއްދޭ ބަޔަކަށް ކޯޓާ ދޭ އުސޫލެއް ހުޅުވާލިޔަސް މިލިޔަނުން ޝަހީމަށް ފައިސާ ހޯދޭނެތާއެވެ. އެންމެ ލުއިކޮށްވެސް ހައްޖު ކޯޕަރޭޝަންގެ ސާރވިސް ޗާޖެއްގެ ގޮތުގައި ހެޔޮވަރުގެ އަދަދެއް ނުދައްކައެއް ނުވާނެތާއެވެ. 

    ހައްޖު އުމްރާއަށް ގެންދިއުމުގެ ނަމުގައި އިސްލަކް މިނިސްޓްރީން ނިކަމެތިން އަތުން އިންސްޓޯލްމަންޓައް ފައިސާނަގައިގެން ވިޔަފާރި ކުރުމަކީ ހައްޖު އުމުރާއަކީ ބައެއްގެ ވިޔަފާރި މުދާގަނޑަކަށް ހެދުންނޫން އެހެން ކޮންކަމެއް ހެއްޔެވެ. ފައިސާ ދައްކާފައިވާ އުމުރުން 70 އަހަރަށް ވުރެ މަތީ އެތައް ބަޔަކަށް ފުރުސަތު ލިބެން އޮތީ އަދި 7 އަހަރު ފަހުންނެވެ. އެކި އެކި މީސް މީހުން މުޅި ދިރިއުޅުމަށް ކުރިހާ މަސައްކަތުން އެއްކުރިހާ ފައިސާކޮޅު ހައްޖު ކޯޕަރޭޝަނަށް ނަގައިގެން ވޭޓް ލިސްޓުގައި ބައިތިއްބައިގެން އެފައިސާއިން ހައްޖު ކޯޕަރޭޝަނުން ފަސްހައަހަރު ވިޔަފާރި ކޮށްކޮށް ހުއްޓާ ހައްޖަށް ނުދެވި މަރުވެފައިވަނީވެސް ކިތަންމެ ބައެކެވެ. 

    އެންޓިކޮރަޕްޝަނާއި އޯޑިޓް އޮފީހަކީ ދަތްނެތް ސިންގާއަކަށް ވީމަ ފެނުނަސް ކަނުވާނެއެވެ. އިވުނަސް ބީރުވާނެއެވެ. ވާހަކަ ދެއްކިޔަސް މަންމަން ވާނެއެވެ. 

    ]]>
    Sun, 09 Jun 2024 15:07:25 +0500 ނިއުސް ޑެސްކް
    އިޒުރޭލުން ނާންނަ ބަޔަކު ނާންނަނީ ޕާސްޓްޕޯޓް ބޭންކޮށްގެނެއްނޫން. https://heerasnews.com/2518 https://heerasnews.com/2518 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މެމްބަރުން ހޮވީ ނުހަނު އުންމީދާއި އެއްކޮށެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ ނަގާ، ޕީއެންސީ މަޖިލިސް މެކުހަށް ޖަހާލާނެ ކަމަށް ގިނަ ބަޔަކު އުންމީިދުކުރިއެވެ. ވާނީވެސް އެހެންތާއެވެ. ދިވެހި ރާއްޖޭގެ ދުވެލި އަވަސް ކުރުމަށް ގެނެވުނު ސަރުކާރެއް ވިއްްޔާއެވެ.

    ޕީއެންސީގެ ބިޔަ ޕީޖީ ގްރޫޕުން މަޖިލިސް ހުވާ ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރިން އައުން މަނާކުރުމާ މެދު އާ މަޖިލީހުން ގެންގުޅޭނެ ސިޔާސަތާމެދު ނޫސްވެރިން ކުރި ސުވާލުތަކަށް ދިން ޖަވާބު ދިޔައީ ބޯ މަތިން ލާފައެވެ.

    ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމު ފަލާހު ވިދާޅުވީ ބޭރުގެ ދެ ގައުމެއްގެ ދޭތެރޭ ހިނގާ މައްސަލަތަކެއްގައި، ސަރުކާރުން އެ ކަމުގައި އެންމެ ވިސްނާފައި، އެންމެ ރައްޔިތުންނަށާއި ގައުމަށް ފައިދާ ހުރި ގޮތަކަށް އިރާދަކުރެއްވިއްޔާ ނިންމަން ޖެހޭ ކަންކަން ނިންމާނެ ކަމަށެވެ. މި ޖަވާބާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ޕީއެންސީއަށް އަމާޒުވިއެވެ. މައްސަލައަކީ ދެ ޤައުމެއް ދޭތެރޭ ހިނގާ މައްސަލައެއް ނޫންކަމަށަށް އެއްވާނަކަށް އެންމެން ކިޔައިގަތެވެ.  އެއީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް އެތައް ބަޔަކު ބުނެ އަޑުއުފުލިއެވެ. 

    ކިހާރީތި ހެއްޔެވެ. ކުއްލިއަކަށް ފެނުނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވިތަނެވެ. ޖަލްސާއިން ނިންމީ އިޒްރޭލުގެ ޕާސްޕޯޓް ބޭނުންކުރުމަށް ގާނޫނީ ހުރަސްތަކެއް ހުރިތޯ ބަލައި އެހުރަސްތައް ނައްތާލުމަށެވެ. ރައީސްގެ ގަރާރަކުން ކުރެވެން އޮތްކަމެއް ނުކޮށް ދިގުދަންމާލާނެ ގޮތެއް ރޭވީއެވެ. އިޒްރޭލު ޕާސްޕޯޓް ބޭން ކުރާކަށް ވަޒީރުންގެ މަޖިލީހަކުން ނުނިންމައެވެ. 

    ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު ރައީސް އޮފީހުން ނެރުނީ މާސިންގާ ދޮގު ހަބަރެކެވެ. ނޫސްތަކަށް މައުލޫމަތުދޭން ފޮނުވި ލިޔުމުގައި އޮތީ " އިސްރާއީލްގެ ޕާސްޕޯޓް ބޭންކުރަން ސަރުކާރުން ނިންމައިފި" ކަމަށެވެ. ދެނަކާ ދެނެއްނެތެވެ. ރާއްޖޭގެ މީޑިއާތަކާއި ދުނިޔޭގެ މީޑިއާގައި އޮތީ ރާއްޖޭން އިޒްރޭލް ޕާސްޕޯޓް ބޭން ކޮށްފިކަމަށެވެ. ކޮންފަދަ ބޮޑު ދޮގެއް ހެއްޔެވެ. ރައީސް އޮފީހުން މިހާވަރަށް އޮޅުވާލާ ދޮގުނުހަދާ ކަން އޮތްގޮތް ސާފުކޮށް ކިޔާދިނުމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. އެބުނާ ގާނޫނީ ގޮންޖެހުންތައް ހައްލުކުރަން ފެންހިފޭ ގޮތަކަށް މަޖިލީހާއެކު އެއްވެސް ކަމެއް ކުރިކަން އެނގޭކަށް ނެތެވެ. 

    އިސްލާމްދީން ހިމާޔަތްކުރުމަށް ވައުދުވެގެން ވެރިކަމުގައިހުރި މުއިއްޒުގެ ޕީޖީ ގްރޫޕުގެ ފެންވަރަކީ މިއީއެވެ. މާދަމާ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަންވީމަ މިވެރިންނަށް ވާނެ ގޮތެއް އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. މުޅި ދުނިޔެ އެކަމަކަށް ރޮއެ ހިތާމަކުރާ ކަމެއްގައި ދިވެހި ސަރުކާރުން ތިބެނީ ވާނުވާ ނޭނގިފައެވެ. އިޒްރޭލުގެ ޕާސްޕޯޓު ދުނިޔޭގެ އެތައް ގައުމެއްގައި ބޭން ކުރެވުނު އިރު، "ސައްތައިން ސައްތަ މުސްލިމް ގައުމަކަށް" ޒަޔަނިސްޓުންގެ ޕާސްޕޯޓު ބޭން ނުކުރެވުނެވެ. ކިތަންމެހާވެސް ލަދުވެއްޗެވެ. އެކަމުގައިވެސް އޮތީ އޮޅުވާލުމެވެ. އިޒްރެލު މީހުން އަންނަގޮތަށް ރާއްޖެއަށް އެބައާދެއެވެ. ނާންނަ ބަޔަކު ނަންނަނީ އިޒްރޭލު ސަރުކާރުން ރާއްޖެއަކީ ރައްކާތެރި ތަނެއްނޫން ކަމަށް ކަނޑައަޅާ ރާއްޖެ ނުދިއުމަށް އެތާނގެ މީހުނަށް އިރުޝާދު ދީގެންނެވެ. ރާއްޖޭން ޕާސްޕޯތް ބޭން ކޮށްގެނެއް ނޫނެވެ. 

    ]]>
    Sat, 08 Jun 2024 20:05:03 +0500 ނިއުސް ޑެސްކް
    ނާޒިމް ލައްވާދިނީ މުއިއްޒު ކަމެއް ނުކޮށްދޭނެކަމުގެ އިންޒާރު! https://heerasnews.com/2516 https://heerasnews.com/2516 ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް (ނަމިރާ) އެދެއްކީ ސަމާސާ ވާހަކައެއް ނޫނެވެ. ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެ ދިނީ ނުރައްކާތެރި މެސެޖެކެވެ. ވާދަވެރިން ދައްކާ ކަހަލަ ވާހަކައެއް ވެރިކަން ކުރާޕާޓީގެ އިސް މަގާމެއްގައި ހުރެ ދެއްކުމުގެ ނިޔަތާ މެދު ވިސްނާލަން ޖެހެއެވެ. 

    ނާޒިމު އެދެއްކީ ހައްގު ވާހަކައެއް ކަމަށް ބަޔަކަށް ވެގެން އުޅެފާނެއެވެ. އެހެނެއް ކަމަކު ނާޒިމުގެ މަގާމާއި ހިމެނޭ ޕާޓީއާއި ރައީސް މުއިއްޒާ އޮތް ލޭގެ ގުޅުމާ ގާތްކަމަށް ބަލާލުމުން ނާޒިމް އެ ދެއްކި ވާހަކައިގެ ނިޔަތް ސާފެވެ. ގައުމުގެ ހަގީގީ މައްސަލައަށް ފޯކަސްކޮށް ދެއްކެވި އިހުލާސްތެރި ވާހަކައެއް ނަމަ އެ ވާހަކަ އެ ދެއްކީ ދައްކަންޖެހޭ މަގާމެއް ގައެއް ނޫނެވެ. 

    ނާޒިމުގެ ވާހަކައަކީ އިހުލާސްތެރި ވާހަކައެއް ނަމަ އެކަން ރައީސް މުއިއްޒުގެ އަމަލުން ފެންނާނެއެވެ. އެ ވާހަކަ މަޖިލީހުގެ ކޮމެޓީއާއި ހަމައަށް ދާނީ މާފަހުންނެވެ. ވެރިކަމުގައި ތިބެ މަޖިލީހުގެ ބޮޑު ބިޔަ މެޖޯރިޓީ ލިބުނު ދުވަހު ނޫން އަނެއް ދުވަހު ނިކުމެ ގައުމު އިނދަޖެހިއްޖެއޭ ކިޔައިގެން ނާޒިމު ވަރުގެ މީހަކު އެ ފާޑު ވާހަކައެއް ދައްކާނީ ހީލަތްތެރި ވިސްނުމެއްގައެވެ.   

    އުނދަގޫ ތަކާއެކު ވެސް ކުރީގެ އެއްވެސް ސަރުކާރަކުން ރައްޔިތުން މާޔޫހެއް ނުކުރެއެވެ. އެހީއެއް ނުލިބެއެކޭ ލޯނެއް ނުލިބެއެކޭ ނުކިޔައެވެ. ދަރަނި ދަންމާ ނުލެވިގެން އުޅޭ ކަމަކަށް ނުވެއެވެ. ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓައެއް ނުލައެވެ. މުއައްޒަފުން ވަތްކެއް ނުކުރެއެވެ. އާއްމު ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަވަރުގެ އެއްވެސް ކަމެއް ނުކުރެއެވެ.

    ރައީސް މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ދިން އިފްތިތާހީ ތަގުރީރުގައި ވެސް ދެއްކީ ރައްޔިތުންނަށް ކަންކަން ނުކުރެވޭ ވަރަށް ރާއްޖޭ ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތް ވާހަކައެވެ. ކަންކަން ނުކޮށްދެވޭނެ ވާހަކައެވެ. މުއިއްޒުގެ މުޅި ވިސްނުން ހުރީ އިގްތިސާދީ ދަތިކަން ދައްކައިގެން ރައްޔިތުންނަށް ކަމެއްކޮށް ނުދިނުމެވެ. ރާއްޖޭގެ އެތަން މިތަން ވިއްކައިގެން ޖީބު ފުރާލުމެވެ. މުއިއްޒާއި ސާޖިދާގެ ވަންހަ ދިލަކޮޅަށް އާރާ ބާރާ ފައިސާ ހޯދާދިނުމެވެ. ވެރިކަން ދަމަހައްޓަން އެހީތެރިވާ މީހުނަށް ގޮތް ހޯދާ ދިނުމެވެ. ރައްޔިތުން ބަނޑަށް ޖެއްސުމެވެ.

    ދެބެންގެ ދެދަރި ބޭބެ ނަމިރާ ނާޒިމު ލައްވާ މަޖިލީހުގައި އެ ދެއްކުވީ އެ ވާހަކައެވެ. ރައްޔިތުންނަށް ކަމެއް ނުކޮށްދޭނެ ވާހަކައެވެ. ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ނުހިންގާނެ ވާހަކައެވެ. ޓެކްސް ބޮޑުކުރާނެ ވާހަކައެވެ. ސިވިލްސާރވިސްއިން މުއައްޒަފުން ތަކެއް ކަނޑާލާ ކުންފުނި ތަކުން އެތައް ބަޔަކު ކަނޑާ އުކާލާނެ ވާހަކައެވެ. ނާޒިމު ލައްވާ އެބުނުވީ ރައްޔިތުނަށް ހިތިބޭސް ބޯން ދިނުން ނޫން ގޮތެއް ނުހަދާނެ ވާހަކައެވެ. 

    ]]>
    Sat, 08 Jun 2024 10:14:58 +0500 ނިއުސް ޑެސްކް
    މާލޭ މީހުނަށް ގޯތިތައް ނުދޭނެކަން ސައުދާ ކޮށްދިނީ ކަށަވަރު https://heerasnews.com/2514 https://heerasnews.com/2514 ސައުދާއަށް ދުނިޔެ ރަންވެގެން އުޅުނެއް ކަމަކު އެންމެނަކު އުޅެނީކީ ދުނިޔެ ރަންވެގެނެއް ނޫނެވެ. ދުވަހަކު ދެވިދާނެއޭ ހިތަށް ނާރާ ހިސާބަށް މައްޗަށް އެރުނީމާ ސައުދާއަށް ލައްކައެކޭ ހީވީތާއެވެ. އެއްބަޑު ބޭބެ ވެރިކަމުގައި ހުރީތީ މުޅި ދައުލަތް ބަންޑުން ޖަހާލައިގެން ގޮނޑިއކަށް ހޮވާދިނީމާ ހުރިއްޔަކީ އަމަށަކު ވަރެއް ވެފައެއް ނޫނެވެ. 

    ދުވަހަކު ލޯނުދެކޭ ބައެއްގެ ތެރެއަށް ފުންމާލައިގެން މަޖީލީހުން ގޮނޑިއަކަށް ސަވާރުވެގެން އިނުމުން ސައުދާ ވަނީ ޖަރީމާގެ އަމަޔަށްވެފައެވެ. އާނއެކެވެ. ނިލަންދުއަށް އެއާރޕޯޓެއް ލައްވީ އޮޅުވުމެއް އޮޅުވާނުލައެވެ. ސައުދާއަށް މެންބަރުކަން ހޯދަދޭން އެއަރޕޯޓް އަޅާނީ ދަތި ދޭތެރެއަކުން ސައުދާ އުފުރާ އިސްތައްޓަކުން ނޫނެވެ. ދައުލަތުގެ ފައިސާއިންނެވެ. ސައުދާ އިންތިހާބަށް ކުރިމަތި ކުރުވައިގެން ނިލަންދޫ ދާއިރާ މީހުނަށް ވަޒީފާ އޮހުނީ ދެބެން އޮއްދާ ހިއްލަންދެން ކުރި މަސައްކަތުން ހެއްޔެވެ. ސައުދާއެއް ކަމަކު ހިސާބަށްވުރެ ނެގިނެގިފާ ޖެހެން ފެށިމާ ދުލެއް ގަނެގެންވެސް އެއްޗެއް ނުބުނެ ހުރެވޭ ވަރެއް ނޫނެވެ. 

    ބޯހިޔާވަކަން ދިނުމަށް ކުރީ ސަރުކާރުން ކަނޑާއި ފަޅު ކިއްކުރަން ހެއްޔެވެ. ޖައްވުންވެސް ގޯތި ދިންކަން ރަނގަޅުތާއެވެ. ކަނޑުން ވިޔަސް ފަޅުން ވިޔަސް ގޯތި ލިބުނު މީހަކު ގޯތި ބޭނުމެއް ނޫނެކޭ ނުބުނެއެވެ. ތިމަންނައަށް ގޯތިދިނީ ފަޅުންނެކޭ ވެސް ނުކިޔައެވެ. ގޯތި ލިބުނު މީހުން ކިޔަނީ ކުރީ ސަރުކާރުން ދިން ގޯތިތައް ދިންގޮތަކަށް އެމީހުންނާ ހަވާލު ކުރުމަށެވެ. 

    މާލޭ ރައްޔިތުންނަށް ގޯތި ދިނުން ޖަރީމާއަކަށް ވެގެން އުޅެނީ މުއިއްޒަށާއި އޭނާގެ ކޮއްކޮ ސައުދާއަށެވެ. މާލޭ މީހުނަކަށް ކަންކަން އޮޅިގެން ނޫޅެއެވެ. ކުރީގެ ސަރުކާރުން މާލޭގެ 9000 އާއިލާއަށް ގޯތި ކަށަވަރުކޮށް ދިނުން ކުށްވެރި ކުރަން ސައުދާއަކީ ކާކު ހެއްޔެވެ. ސައުދާގެ ބޭބެ މުއިއްޒު ވަޒީރުކަމުގައި ފ. އަތޮޅު މީހުނަށް ހިޔާ ފްލެޓް ބަހާލިއިރު ސައުދާ ހުރީ ލޮލަށް މިރުސް އެޅިފައި ނޫންކަމެއް ނޭގެއެވެ. ދޫ ބޭރަށް ލައިގެން ހޭރެމުން ވައްވައްޖަހަމުން ދުވާ ކުއްތާއެއްހެން އޭރު ނޫޅުނީ ކީއްވެހެއްޔެވެ. ކުރީ ސަރުކާރުން ގޯތިދޭން އިއުލާން ކުރުމުން ނިކުމެ ނުހުއްޓުވީ ކީއްވެގެއްޔެވެ.

    ވަކިވަރަކަށް ބަޔަކު އަމިއްލަ އެދުމުން ފޯވީމާ އެހެން މީހަކު ކުރާއެއްކަމެއްވެސް ރަނގަޅެއް ނުވާނެއެވެ. މާލޭ މީހުނަށް ގޯތި ދިނުމަކީ މުއިއްޒު ބޭނުންވާ ކަމެއްނޫނެވެ. މާލެ ސަރަހައްދުގެ ބިންތައް ބަހައްޓަންޖެހޭނީ ސަރުކާރު ހިންގާ މީހުން ކަޓުނަގައިގެން ބޮޑުއަގުގާ ވިއްކާށެވެ. ނިކަމެއްޗަަކަށް ގޯތި ދީފިއްޔާ ދައުލަތުގައި ސައުދާމެންގެ އަމިއްލަ ގޮށިޖޯޑް ދަަށަށް ލާނެ ބޮޑެތި ޖަހަލާތަކެއް ނުހުންނާނެެެއެވެ. 

    މާލޭ ރައްޔިތުންގެ ތެރެއި 9000 އާއިލާއަށް ގޯތި ދިނުމުގެ ނިޔަތް އޮތްނަމަ ސައުދާމެން ނިކުމެ ތަންމިނަށް އަނގަ ދިޔާނުކުރީހެވެ. ކުރިބަޔަކު ގޯސްކޮށް ކުރީއޭ ކިޔައިގެން ހާސަރެއް ނުދަމާނެއެވެ. ލަހެއް ފަހެއްނުކޮށް ބަހަނާއެއް ނުދައްކާ ގޯތިތައް ލިބުނު މީހުނަށްދީ ނިންމާލާނީއެވެ. ގޯތިތަކާ ގުޅިގެން ހުރިއްޔާ ހުރި ދަތިކަމެއް ފިލުވާދޭނީއެވެ. 

    ކުރަން ބޭނުން ކަމެއް ކުރަންވީމާ މުއިއްޒު ނުބަލާކަށް ސާފުކޮށް އެންމެނަށް އެނގެއެވެ. މަޖިލީހުން ރުހުންު ނުދިނީމާވެސް ވަޒީރުން ލައިގެން އުޅެފިއެވެ. ބަޖެޓްނެތަސް އައިއީއޭ ނުހެދިޔަސް ރަސްމާލެ ހިއްކަން ފެށީއެވެ. މަގޫދޫގައި ނިމިނިމި އެއަރޕޯޓެއް އޮއްވާ ނިލަންދޫގައި އެއަރޕޯޓެއްވެސް އަޅަނީއެވެ. ގާނޫނެއް ގަވައިދެއް ވެޔެއް ނުވެއެއް ނުބަލާ ބޭނުން ކަމެއް ކޮށްލައެވެ. ބޭނުންނަމަ މާލޭމީހުނަށް ގޯތިތައް ހަވާލުކުރާކަށް ހުރަހެއްނެތެވެ. މާލޭ ސަރަަހައްދު ގޯތިތައް ނުދީ ބަހަނާ ދައްކަނީ މާލޭ މީހުނަށް ގޯތި ދޭން ބޭނުން ނުވާތީއެވެ.

    ސަރުކާރަކުން ކުރިން ދީނިންމާފައި އޮތް އެއްޗެއް ދޭކަށް މިހާރަކު މި ސަރުކާރުން ދޭން ބޭނުމެއް ނުވެއެވެ. އޭތި މީތި ކިޔާއިގެން ސައުދާމެން ބޭނުންވަނީ މާލޭ މީހުނަށް ގޯތި ނުދޭށެވެ. އޮޅުވާލަނީވެސް މަކަރު ހަދަނީވެސް މުއިއްޒު ސަރުކާރުންނެވެ. ކަނު އަނދިރީގައި ދަންވަރު ޖާރީމާ ހިންގަނީ ސައުދާއާއި ބޭބެ މުއިއްޒެވެ، ދަރިފަސކޮޅު ގައިމު ދަންވަރަށް ނިސްބަތްވާނީ ދަންވަރު ކަނުއަދިރީގައި މީހުނަށް އޮޅުވާލުމުގައި ދެވަނައެއް ނެތުނީމާކަން ގައިމެވެ.   

    ]]>
    Thu, 06 Jun 2024 17:00:00 +0500 ނިއުސް ޑެސްކް
    މުއިއްޒު މަޖިލީހުން ނިންމީ ގޯތިތައް ނުދޭން! https://heerasnews.com/2512 https://heerasnews.com/2512 މާލެ ސަރަހައްދުން ގޯތި ދިނުމަކީ ނުފޫޒުހުރި ގިނަ ފައިސާވެރިންނާއި ގިނަ ސިޔާސީ މީހުން އެއްވެސް އިރަކު ބޭނުންވީ ކަމެއް ނޫނެވެ. އިތުރު ބަޔަކު ގެދޮރުވެރި ވެއްޖެނަމަ އެ މީހުނަށް ލިބޭބައި މަދުވެދާނެތީއެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ މާލެ ސަރަހައްދުގެ ބިމުގެ ނަފާ މާލޭގައި އުޅޭ ނިކަމެތި މާލޭ މީހުންނަށް ލިބޭނޭ ގޮތް ހައްދަވާ ދެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެ ފުރުސަތު ރައީސް ސޯލިހަށް ނުދީ މޮޅުގޮތް ހޯދަން އުޅެން ހަދައިގެން ލިބުނީ ކިހާބޮޑު ދެރައެއް ހެއްޔެވެ. އެމްޑީޕީ ވެރިކަމުގައި މާލެ ސަރަހައްދުން ގޯތި ދިނީމާ މުއިއްޒު ލައްވާ ގޯތިތައް އިމާރާތް ކުރުވަން މުއިއްޒު ވެރިކަމަށް ގެންނައި މީހުނަށް މީރުކޮށް ރާކަނި މަސް ހުންނާނީ ކެވިފައެވެ.

    ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަޅުފަޅުން ބަޔަކަށް ގޯތިދީ ދިންމީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކުރީގެ ސަރުކާރުންވަނީ ރަޖިސްޓްރީ ވެސް ހަވާލުކޮށްފައެވެ. ގޯތި ދޭން ކަނޑައެޅި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ދިޔައީ ކުރިއަށެވެ. ކޮވިޑާގުޅިގެން އައިލޮޅުން ހަމަޖެހި ކަންކަން ކުރަން ލިބުނު ކުރުމުއްދަތުގައި އެތައްކަމެއް އެއްފަހަރާ ކުރަންޖެހުމުން ގޯތި ދިނުންވެސް އޮތީ ވެރިކަން ނިމުމުގެ ކުރީން މުޅިން ނިންމާ ނުލެވިއެވެ. ކުރީ ސަރުކާރުން ދިން އެއްޗެއް އަތުނުލާނެ ކަމަށް ބުނެ ދޮގު ވައުދު ވެގެން ވެރިކަން ހޯދުމަށް ފަހު މުއިއްޒު އެ ދަނީ ވައުދަ ހިލާފު ވަމުންނެވެ. 

    އެކިފަހަރު އެކި ބަހާނާ ދައްކައިގެން މާލޭ ސަރަހައްދުން ގޯތިތައް ނުދީ ލަސްކޮށް ފަސްކުރަމުން އައީ މަޖިލީހުގެ މެޖޯރިޓީ ލިބެންނދެނެވެ. މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު އެ ދިމާކުރީ ބަޔަކަށް ލިބިފައިވާ ގޯތިތައް ނުދޭށެވެ. ދިނުމުގެ ކިރިޔާވެސް ނިޔަތް އޮތްނަމަ އެހާ ހާސަރެއް ނުދަމާނެއެވެ. ލަހެއް ނުކުރާނެއެވެ. އެއްވެސް މީހަކު ހިތަކު ނުޖައްސާނެއެވެ.

    "މާލެއާއި ރަށްރަށުގެ ލައްކައެއްހާ މީހުންނާ މާލޭސަރަހައްދުން ދިން ގޯތިތަކާ ގުޅިފައިވާކަން ސަރުކާރަށާއި މަޖިލީހަށް ނޭނގުމަކީ ރީތި ބޮނޑިއެއް ބޮވޭވަރުގެ ކަމެއް. އެންމެ ގާޒީއަކާއި ހުރެ ވެރިކަމެއް ނިމިދިޔަ ގޮތްވެސް ދިވެހިން ވަނީ ތަޖުރިބާ ކޮށްފަ"

    ގާނޫނާ ހިލާފޭ ހޮޅިމައްޗޭ ނުހިއްކައޭ ކިޔަނީ ގޯތިތައް ނުދޭން ވެގެންނެވެ. ބޭނުންވާ ކަމެއް ކުރަންވީމާ ގާނޫނެކޭ ކިޔައިގެން ބަހަނާއެއް ނުދައްކައެވެ. ގޯތިތައް ދިނުމުގެ ކުޑަވެސް ނިޔަތެއް މުއިއްޒުގެ އޮތްނަމަ 3 މަސްތެރޭގައި ގޯތި ދިނުމަށް ފާސްކޮށް ތަންފީޒު ކުރަން ކުރިން އޮތް މަޖިލީހުން ފޮނުވި ގާނޫނު ތަސްދީގުކޮށް އަވަހަށް ތަންފީޒުކޮށް ގޯތިތައްދީ ނިންމީހެވެ. ބިލް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލީ ގޯތިތައް ނުދޭންވެގެންނެވެ. އަނބުރާ ފޮނުވާލި ގާނޫނު ކޮމެޓީއަކަށް ފޮނުވައިގެން އިސްލާހު ކުރުމުގެ ފުރުސަތު އޮތެވެ. ސައްޕުޖަހާ ތަޅުމުން ބޭރު އެކޮށްލީ މުއިއްޒުގެ ބިޔަ ބޮޑު މެޖޯރިޓީ އޮވެއެވެ. މާލެ ސަރަހައްދުން ގޯތި ނުދޭން ވެގެންނެވެ. 

    ކުރަން ބޭނުންވާ ކަމެއް ކުރުމަށް ޒާތްޒާތަށް ގާނޫނީ ހުއްޖަތް ނެރެގެން ލަސްކޮށް ފަހެއް ނުކުރާނެއެވެ. ނުހިއްކާ ތަންތަނުންވެސް ގޯތި ދީފައި އެބަހުއްޓޭ ކިޔައިގެންވެސް ބަހަނާ ދައްކަނީ ގޯތި ނުދޭންވެގެންނެވެ. ގޯތި ދޭން ބޭނުން ނަމަ ނުހިއްކާ އޮތިއްޔާ ހިއްކާފާވެސް ބަލާނީ އަވަހަށް ގޯތިތައް ދެވޭތޯއެވެ. އެހެން ނޫނަސް ރާއްޖެއަކީ މޫދާ ބާޑިން ގޯތި ދިނުމުގެ ތާރީހެއް އޮތްތަނެކެވެ. މާލެއާއި ތުޅާދުއާއި ހިންނަވަރާއި ކަނދޮޅުދޫ ފަދަ ރަށްރަށު މީހުނަށް މޫދުން ގޯތި ދިނުމަކީ އައުކަމެއް ނޫނެވެ. އަމްދުން މި ޒަމާނަކީ މޫދު ގެއަޅާ އުޅޭ ޒަމާނެވެ. 

    ހައްގު ނޫން މީހުނަށް ދީފާ ހުރިކަމަށް ބުނެ ބަހަނާ ދައްކަނީ ވެސް ގޯތި ނުދޭން ވެގެންނެވެ. މާލެއަށް ނިސްބަތްވާ 9000 މީހުނަށް ދޭން ކަޑައެޅި ގޯތިތަކަކީ އެނމެ ނުވަހާސް މީހުންނާ ގުޅިފައިވާ ގޯތިތަކެއް ނޫނެވެ. މާލެއާއި ރަށްރަށުގެ ލައްކައެއްހާ މީހުންނާ އެ ގޯތިތަކާ ގުޅިފައިވާކަން ސަރުކާރަށާއި މަޖިލީހަށް ނޭނގުމަކީ ރީތި ބޮނޑިއެއް ބޮވޭވަރުގެ ކަމެކެވެ. އެންމެ ގާޒީއަކާއި ހުރެ ވެރިކަމެއް ނިމިދިޔަ ގޮތްވެސް ދިވެހިން ވަނީ ތަޖުރިބާ ކޮށްފައެވެ.  

    ]]>
    Tue, 04 Jun 2024 17:56:14 +0500 ނިއުސް ޑެސްކް
    މޯދީ ފޮށާގަނޑުގައި މުއިއްޒު އެލިގަތީމާ ނިކަން ހުތުރު https://heerasnews.com/2511 https://heerasnews.com/2511 މުއިއްޒަށް ލިބުނު ގޮތަކަށް ސަރުކާރެއް ލިބިއްޖެއެވެ. ދޮގު ވިއްކައިގެން އެމްޑީޕީ ސަރުކާރު ބަލިކޮށްފައެވެ. ވިއްކި ދޮގުން ބޮޑު އެއް ދޮގަކީ އިންޑިއާ ގޮނޑިކޮއްކޮއަކަށް ރާއްޖެ ހަދައިގެންއުޅޭ ވާހަކައެވެ.

    ވެރިކަމަށް އިންތިހާބު ވުމަށްފަހު ހުވާ ވެސް ނުކޮށް ދިމާކުރީ އިންޑިއާ ބަލި ކުރާށެވެ. އަލްޖަޒީރާ ޓީވީން ބަސްދީގަތުމެއް ލިބުނު ދަނޑިވަޅުވެސް ކަށިކޮލި ހެދުނީ އިންޑިއާއަށްވުރެ ގަދަކަން ދައްކާށެވެ. 2000 ސިފައިންނާއި އަޑިނޭގޭ އެއްބަސްވުންތަކެއްގެ ވާހަކައިން އަލް ޖަޒީރާގައި މުއިއްޒު ދުނިޔެއަށް އޮޅުވާލިއެވެ. 

    ހެލްކޮޕްޓަރު ކީއްކުރަން ހެއްޔެވެ އިންޑިއާ ސިފައިންގެ ބޫޓް ކިބައެއް ނުބަހައްޓާނޭ ކަމަށް ގޮވިއެވެ. އުޅެ އުޅެވެސް ތިބި ސިފައިންގެ އަދަދެއް އެގުނު ކަމަކަށް ނުވިއެވެ. ގަދަ ބަސް ބުނުމާއި ތެޔޮގުޅާސާދާ ކުރުމުގައި ދޮޅުމަހެއްހާ ދުވަަހަށްފަހު ވެރިކަމުގެ ގާނޫނީ ހުވާކުރިއެވެ. ފުރަތަމަ ފެނެލުމުގައިވެސް ނަންނުގަނެ ބަވާލީ އިންޑިއާއަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވުނު ވަރުން ލައްވެ ގަތީ ތުރުކީއާއި ޗައިނާ ގައިގައެވެ. ލައްކަ ހޭހަން ކޮށްދޭނެ ކަމަށް ހިތައެވެ. 

    ވެރިކަމުގެ މާމުއި ހަނދުވަރުގައި ބޮޑު ފައުޖެއް ގޮވައިގެން ދިޔައީ ޗައިނާއަށެވެ. ދަުތރުގައި ސިއްރު 20 އެއްބަސްވުމުގައި ސޮއިކޮށް ހީވީ ދެންމެ ދެންމެ ވަރަލާ އުދުއްސައިގެންފާނެހެންނެވެ. އައުކުކުޅަކަށް ގައުބިހެއްއެޅިގެން ކަނބިލި ހިނގުމަށް ހިނގަމުން މަހާރެހެންދި އަތްޕުޅުން ޗައިނާ ގަނޑުވަރުތަކުގެ ތަނބުތަކާއި ސިޑިތަކުގެ ފަޑިތަކުން އޮފުދުއްވާލިއެވެ. ހަތް ދުވަހުގެ ނާޗަރިންގީއަށް ފަހު ރާއްޖެ އައިސް މާލެވެސް ނޭރެނީސް ހިތް އާސްމާނަށް އަރާ ވަށިވަށިން އިންޑިއާއަށް ދިނީއެވެ. 

    މުއިއްޒު ހުޅުލޭގައިހުރެ އިންޑިއާއަށް ކުރުދޮށިން ދިންއިރު ތިމާއަކީ ގައުމެއްގެ ރައީސްކަން ވެސް ހަނދާނެއް ނެތެވެ. ދިވެހީންގެ ރައީސް ހީވީ ވަކަރުގޭ ދަރިއެއް ހެނެވެ. ނޫސްވެރިން އެއްކޮށްގެން އެ ދުވަހު މުއިއްޒު ބުންޏެވެ. "އަޅުގަނޑުމެންގެ ރާއްޖެ ކުޑަވެދާނެ. އެކަމަކު، އެއީ އަޅުގަނޑުމެންނަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން"އެވެ. ދެން ބުނީ "އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކް ޔާޑްގަ އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މި ނިވަން މުސްތަގިއްލު ގައުމެއް" ކަމަށެވެ. 

    މުއިއްޒު ޗައިނާއަށް ގޮސް ހުސްވެފާ ވަރު އަންގައިދިނީ "މި ޓެރިޓޯރިއަލް އިންޓަރގްރިޓީގެ އަސާސަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހްތިރާމް އަދާކުރާ އަސާސެއް. އަނެއް އަސާސަކީ ނޮން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް. އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ" ކަމަށް ބުނި ބުނުމުންނެވެ.

    މުއިއްޒަކީ ބަދަލު ހިފުމާ ޖަދަލު ކުރުމުގައި ދެވަނައެއް ނެތް ދޮގުވެރިއެއްކަން މުއިއްޒުގެ ވާހަކައިން ކިތަންމެ ރަނގަޅަކަށްވެސް އެގުނެވެ. އެގޮތުން " މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގަވެސް އިށީނދެވެނީ ވަކިބަޔެއްގެ (އިންޑިއާގެ) ހުއްދަ ހޯދައިގެން. އެގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ" އޭ ބުނެ ދެއްކި ވާހަކައިން އެއްވެސް ޑިޕޮލޮމަސީއެއް އިހުތިރާމެއް އެނގޭ މީހަކަށް މުއިއްޒު ނުވާކަން އެނގުނެވެ.

    އާރެއް ބާރެއް އުރައްޕަތެއް ހުރިނަމަ ބުނެލަން ވަރަށްވެސް ވަރުގަދަ ވާހަކަ ކޮޅެކެވެ. ބޮކުބާރު ދެއްކިއިރު މުއިއްޒުގެ ހަދާނުގައި ނެތީ ތިމާއަކީ ސަރުކާރުގެ ވެރިމީހާ ކަމެވެ. ސަރުކާރުތަކުން އެހެން ގައުމަކަށް ކުޑައިމީސްކޮށެއް ނޫޅޭނެއެވެ. މުއިއްޒަކީ ކަންކަން ދިމާވުމުން ބުއްދި އިސްކުރުމުގެ ކަންފުޅެއްވެސް ނެތް މީހެއްކަން އެންމެނަށް ސާފުވިއެވެ.

    އުނބަށް ޖެހުމަކީ ނިސްބަތްވާ ރަށާއި އުފެދުނު ރާހީގެ ގޮތުން ކަށީގައި ހިފާފައިވާ ކަމަކީތާއެވެ. ރަތްމަހަށް ނުބަވާ ވަރަށް ޖަމާއަތް ހަދައިގެން އިންޑިއާ އާއި ދިމާލަށް ބެވި ހަނދާން ނެތި ނާށިގަނޑު ހިފައިގެން މިހާއަވަހަށް "އައްލާ ކޭ ނާމްޕޭ ކުޗް ދޭދޯ ބާއީ" ގޮވަމުން "ގެރި މޯދީ" ފޮށާގަނޑުގައި އެލެންފެށީމާ ނިކަން ހުތުރެވެ. 

    ]]>
    Tue, 04 Jun 2024 16:02:49 +0500 ނިއުސް ޑެސްކް
    ރަފާހުން މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލަނީ! https://heerasnews.com/2510 https://heerasnews.com/2510 އެއް މިލިއަނަށްވުރެ ގިނަ މީހުން ރަފާހުން  ފިލަން މަޖުބޫރުވެއްޖެއެވެ. ގައްޒާގެ އެކި ހިސާބުތަކަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 40 މީހުން ޝަހީދުކޮށްލުމާއި އެކު އެއް މިލިއަނަށް ވުރެ ގިނަ މީހުން ރަފާހުން އެ މީހުންގެ ގެދޮރު ދޫކޮށްލައިފިއެވެ.

    ގައްޒާގެ އުތުރުގެ ސިޓީތަކުގައި އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަނެއް ހިންގިތާ މާގިނައިރުތަކެއް ނުވެ ޖަބަލިއާ އާއި ބައިތު ހަނޫން "ޑިޒާސްޓާ އޭރިއާ"ގެ ގޮތުގައި ވަނީ އިއުލާން ކޮށްފައެވެ.

    ގައްޒާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރަފާހަށް އެހީ ފޯރުކޮށްދިނުން ހުއްޓުވުމުގެ މަސައްކަތް އިޒްރޭލުން ދަނީ ކުރަމުންނެވެ. ބަނޑުހައިހޫނު ކަމުގެ ސަބަބުން މަރުވުމުގެ ނުރައްކާ 3،500 އަށް ވުރެ ގިނަ ކުދިނަށް އެބައޮތެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުންދާ  ލާއިންސާނީ އަނިޔާތަކުގައި ފަލަސްތީނުގެ 36،479 މީހުން ޝަހީދުވެ، 82،777 މީހުން ވަނީ ޒަހަމްވެފައިވެއެވެ.

    ]]>
    Tue, 04 Jun 2024 14:08:52 +0500 ނިއުސް ޑެސްކް
    ކަރަންޓުން ކުރާވައްކަން ހުއްޓުވަން މުއިއްޒަށް ކެރޭނެތަ! https://heerasnews.com/2509 https://heerasnews.com/2509 ރައީސް މައުމޫނު ވެރިކަމުއްސުރެ ކަރަންޓުން ވައްކަން ކުރުމަކީ މާލޭ އިންޖީނުގެއިން ކުރާކަމެކެވެ. އިލެކްޓްރިކް ސިޓީ ބޯޑް ކިޔަސް ސްޓެލްކޯ ކިޔަސް އެ ތަނަކީ ހަމަ އެއްތަނެކެވެ. ކިޔާ ނަން ތަފާތީއެވެ. ކުރަނީ ކަރަންޓުން ވައްކަމެވެ.  

    މާލޭ އިންޖީނުގެއިން ރައްޔިތުންގެ ޖީބުކަނޑަން ގެންގުޅޭ އެންމެ އާއްމު އުކުޅަކީ ޖެނެރޭޓަރ ތަކުން އާރުޕީއެމް ދަށްކުރުމެވެ. އާރުޕީއެމް ދަށްކުރުމުން ލިބެންވާ ވަރަށް ގޭގެޔަށް ކަރަންޓް ނުލިބުމުން އެމްޕިއަރ މައްޗަށް ގޮސް މީޓަރަށް ބާރުބޮޑުވެ އަތުފަތު ނުޖެހޭ ވަރަށް ގޭގޭގެ މީޓަރު ހިނގައިގަނެއެވެ. ކަރަންޓުގެ ވޯލްޓޭޖް ދަށްވީމާ އެމްޕިއަރ މައްޗަށް ދާނެކަން ކުޑަކުއްޖަކަށްވެސް މިޒަމާނުގައި އެނގޭނެއެވެ. ނޭނގޭކަށް އެއްޔަކީ ރޮކެޓް ސައިންސެއް ނޫން ވިއްޔާއެވެ.

    ކުރިއްސުރެ ކަރަންޓުން ކުރަމުންއައި އެއް ވައްކަމަކީ މީޓަރ ޓެސްޓް ކުރުމެވެ. ގޭގޭގާ ހަރުކުރާ މީޓަރުތައް އިންޖީނުގެއަށް ގެންދަން މަޖުބޫރު ކުރުވައިގެން ގެންގޮސް 5 ވޮޓުގެ ބޮތްކެއް ދިއްލީމާ 15 މިނިޓް ތެރޭގައި ކަރަންޓު ޔުނިޓެއް ހިނގާގޮތަށް މީޓަރުތައް އެޖެސްޓު ކުރަނީއެވެ. މީޓަރ އެޖެސްޓު ކޮއްގެން ކުރަންފެށި ވައްކަން ދުވަސް ވީވީހެން އައީ ބޮޑުކޮށް ފުޅާ ކުރަމުންނެވެ. މިހާރު މިއޮތީ ހައްދުން ނައްޓާފައެވެ.

    ކުރީގެ މެނުއަލް މީޓަރތަކުން ޑިޖިޓަލް މީޓަރަށް ހިޖުރަކުރުވީވެސް ކުރިއަށްވުރެ އިތުރަށް ފައިސާ ހޯދުމަށެވެ. މިހާރު އެންމެން ބޭނުން ކުރަމުންދާ ފައިވް މިލިއެމްޕިއަރގެ ފޯން ޗާރޖަރތައް ފަދަ އާލާތް ބޭނުން ކުރީމާ މެނުއަލް މީޓަރގެ ކަށިހަލާވެސް ނުލުމަކީ ކިހާބޮޑު ގެއްލުމެއް ހެއްޔެވެ. މިލިއެމްޕިއަރެއްގެ މިންވަރުވެސް ރައްޔިތަކަށް ހިލޭލިބިގެން ނުވާނެތާއެވެ. ކޮންމެ ކޮންޒިއުމަރަކީވެސް ޑިޖިޓަލް މީޓަރަކަށް ނުހަދައެއް ނުވާނެތާއެވެ.

    މޮޅެތި ހަމައަޅައިގެން ޖީބުކެނޑުމަކީ ސްޓެލްކޯއިން އަބަދުމެ ކުރާކަމެކެވެ. ކަރަންޓް ބިލް ބޮޑުވަނީ އެހެން ވެގެންނޭ މިހެން ވެގެންނޭ ބުނެ ދައްކާ ހަމަތައް ބުއްދި ގަބޫލެއް ނުކުރެއެވެ. ވަކި އެއްހަމައެއްގައި އާއްމުކޮށް ކަރަންޓް ބިލްތައް ހިފެހެއްޓިފައި ހުންނަ ތަންތަނަށް އައި އިތުރު ބަދަލެއް ނެތި ކުއްލިޔަކަށް ދެގުނަ ތިން ގުނަޔަށް އަރައިގެން ދިޔައިމާ ވަގަށްވެސް ގޮވާނެއެވެ. ކުރިއްސުރެ ދުވަހަކު ފަންކާ ނިވާނުލާ 24 ގަޑިއިރު ހުންނަ އެޕާރޓްމަންޓެއްގައި އޭސީ ނެތި ޖައްވު ހޫނުވެގެން ކުއްލިޔަކަށް ކަރަންޓް ބިލް ދެ ގުނަ ތިން ގުނައަށް ބޮޑުވުމަކީ ޖާދޫއެކެވެ. އަރަތެކެވެ. 

    ކަރަންޓް ބިލާމެދު މައްސަލައެއް އޮތިއްޔާ ސްޓެލްކޯއަށް ހުށަހަޅައިގެން ހައްލުކުރާށޯލައެވެ. އަޖައިބެކެވެ. ބިލުގައި އޮންނާނީ ކޮން މައްސަލައެއް ހެއްޔެވެ. އެއްވެސް މައްސަލައެއް ބިލަކުން ނުފެންނާނެއެވެ. ބިލްކުރާނީ ދޫކުރާ ކަރަންޓް ދަށްކޮށްގެން އެމްޕިއަރ މައްޗަށް އަރުވާލައިގެން އެނބުރި ގަންނަ މީޓަރުން ދައްކާ ޔުނިޓަށެވެ. އެހެންވީމާ ބިލު އޮންނާނީ ރަނގަޅަށެވެ. 

    ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތަކީ ބޮޑުފައިދާ ހޯދަން ކުރާ ވިޔަފާރިއަކަށް ވުމުން ނުވެ ނުދާނެ ގޮތް މިހުރެ ވަނީއެވެ. މީހުންގެ ޖީބު ކަނޑައިގެންވެސް ބޮޑުފައިދާ ހޯދެނިކޮށް ނިމުނީތާއެވެ. ތަން ހިންަން ތިބޭ މީހުންގެ ބޮލުގައި އޮންނަނީ ކޮންމެ ގޮތެއް ހަދައިގެންވެސް މިލިޔަން މިލިޔަނުން ކޮންމެ މަހަކުވެސް ފައިދާ ހޯދުމެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެއްވަރުގެ މުސާރައެއް ލިބޭ އެމްޑީންގެ ހުންނާނީ އެހެން ކޮން ވިސްނުމެއް ހެއްޔެވެ. 

    ކަރަންޓް ކުރާ ވައްކަން ހުއްޓުވަން ޖިނާއީ ތަހުގީގެއް ނުހިންގާ މިހާރަކު ވާކަށްނެތެވެ. ހިތްވަރެއް ހުރެގެން ކަރަންޓުކުރާ ވައްކަން ބަލައި ފިޔަވަޅު އަޅަން ރައީސް މުއިއްޒަށް ކެރޭނެ ހެއްޔެވެ. ނުކެރޭނެއެވެ. 

    ]]>
    Mon, 03 Jun 2024 11:13:00 +0500 ނިއުސް ޑެސްކް
    އިޒްރޭލް ޕާސްޕޯޓް ބޭންކުރަން ކެބިނެޓަކުން ނުނިންމާ! https://heerasnews.com/2508 https://heerasnews.com/2508 މުއިއްޒާއި އޭނާގެ ކެބިނެޓުން މިއުޅެނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. އިޒްރޭލްގެ ޕާސްޕޯޓް ބޭންކުރަން ސަރުކާރުން ނިންމައިފިކަމަށް ބުނެ ނޫސްތަކުން ފަލަސުރުހީ ހައްދަން މޮޅެތި ޗައްކަރު ޖެއްސަސް އެކަކަށް އެކައްޗެއްވެސް ނޯޅެއެވެ. އިޒްރޭލް ޕާސްޕޯޓް ބޭނުކުރާކަށް ކެބިނެޓަކުން ނުނިންމައެވެ. ނުވެސް ނިންމާނެއެވެ. އެކަން އޮންނާނީ ވެވަށްވެއްޓުނު ގެރިއަށް ހަދާފައެވެ.

    ކިހާ ފައްކާ ހެއްޔެވެ. ވަޒީރުންގެ މަޖިލީހުން މިއަދު ފަލަސްތީނާބެހޭ ނިންމުންތަކެއް ނިންމައިފިއެވެ. އެއްވެސް ނިންމުމެއް ނިންމީ އިޒްރޭލު ޕާސްޕޯޓް ބޭންކުރާކަށް ނޫނެވެ. ހުރިހާ ނިންމުގެ ނިޔަތަކީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ނުހުއްޓުވުމެވެ.

    ނިންމުން ތަކުގެ ނިޔަތް:

    1. އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް ކެބިނެޓުން ނިންމީމާ ޕާސްޕޯޓް ބޭން ކުރިކަމަށް ވާނެހެއްޔެވެ. އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުރަސްއަޅާ ގާނޫނެއް އަދި ގާނޫނީ ސަބަބެއް ބުނެއެއް ނުދެވެއެވެ. ބުނެދޭކަށް ބޭނުމެއްވެސް ނޫނެވެ. ބުނެވޭނީ އެކަން ނުކުރެވޭނެ ގާނޫނީ ސަބަބެއް އޮތްނަމަތާއެވެ. އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުރަސްއެޅޭ ސަބަބުތައް ދެނެގަތުމުގެ ނަމުގައި ވަޒީރުންގެ މަޖިލީހުން ކޮމެޓީއެއް ހަދައިގެން ގިރަން އެއުޅެނީ ރަނބައެވެ. ބޭނުމަކީ ކަމެއްކުރަން އުޅޭކަން ދައްކައިގެން ވަގުތު ދުއްވާލުމެވެ.
    2. މާއޯގާތެރި ބަޔަކަށް ހެދިގެން ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެސަލް އެންވޯއިއެއް ކަނޑައަޅައިގެން އެ މީހަކަށް ދައުލަތުން މިލިއަން މިލިއަނުން ޑޮލަރު ތަޅާލުން ނުން ކަމެއް އެކަމަކުން ނުވާނެއެވެ. ފަލަސްތީނަށް އެހީގެ ގޮތުގައި ދޭއެއްޗަކަށްވުރެ ރައީސް ސްޕެސަލް އެންވޯއި އަށް ކުރާ ހަރަދު ބޮޑުވާނެއެވެ.
    3. ޔޫއެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަކީ ކޮށްފިއްޔާ ވަރަށްވެސް ރަގަޅުކަމެކެވެ. ގައުމީ ފެންވަރެއްގައި އެކަން ނުކޮށް ލަސްކޮށް ފަސްކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެކަމުގައިވެސް ފޮރުވެފައިވާ ސިއްރަކީ އެމެރިކާ ރުއްސުމެވެ.
    4. "ފަލަސްތީނާއިއެކު ދިވެހިން" ތިބިކަން ހަގީގީމާނާގައި އަންގާދޭ ހިނގާލުމެއް މުޅި ރާއްޖޭގައި ބާއްވާލެވޭވަރުގެ ހިތްވަރު ހުރިކަމާމެދު ޝައްކެވެ. އެމެރިކާއިން ހުއްދަ ނަގައިގެން ދައްކާލުމެއްގެ ގޮތުގައި ނޫނީ ތިޔަވަރުގެ އެއްވުމެއް ބާއްވާނެ ހިތްވަރެއް މުއިއްޒުގެ ނުހުންނާނެއެވެ. ހިއްވަރު ހުރިއްޔާ ތިޔަ ހިނގާލުމެއް ބޭއްވުމުގެ ކުރީން އިޒްރޭލު ޕާސްޕޯޓް ބޭންކޮށް އިޒްރޭލްގެ މަސްލަހަތު ހުރި ހުރިހާ ވިޔަފާރިއެއް ވަގުތީ ގޮތުން ނަމަވެސް ސަސްޕެންޑް ކޮށްލާށެވެ. ސަސްޕެންޑް ކުރާނީ ނައިބު ވަޒީރުން ސަސްޕެންޑް ކުރާހެނެއް ނޫނެވެ. 

    ކޮންހާ ފޮނި ވާހަކައެއް ހެއްޔެވެ. ފަލަސްތީނުގެ މުސްލިމު މިތުރުންނަށް ބޭނުން ވަނީ ކޮންކަމެއް ކަންނޭގޭ އޮތީ ކޮން އިސްލާމީ ގައުމެއްހެއްޔެވެ. ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަޞްޠީނުގެ މައްސަލައިގައި ކުރެވޭނެ ކަމެއްނެތެވެ. ޖުއްބާއާއި ކޯޓުފަޓްލޫން ލައްވައިގެން ހުރިހާ ވެރިން އެއްވެގެން މަޝްވަރަކުރާކަށް ރާއްޖެއިން އުޅޭކަށް ނުޖެހެއެވެ. އެވަރުގެ ހަރަދު ބަރަދު ކުރެވޭވަރުގެ ގައުމަކަށް ރާއްޖެނުވެއެވެ. ކުރެވޭވަރުގެ ކަންކަން ކުރަން ނޫޅެ ނުކުޅަދާނަވަރު ކަންކަން ކޮށްގެން އުރުދުގާނު ހެދެން މުއިއްޒެއް ކަމަކު އުޅޭނެކަމެއް ނެތެވެ.

    ]]>
    Sun, 02 Jun 2024 19:12:15 +0500 ނިއުސް ޑެސްކް
    ކައުންސިލުން ސްކޫލް އޭސީކުރުމުން ވަޒީރު މެޑެލްޖަހައިފި https://heerasnews.com/2507 https://heerasnews.com/2507 ކަންކަން އަނބުރާލަން ހާދަ ފައްކާ ސަރުކާރެކެވެ. އަމާޒެއް ސިޔާސަތެއް ނެތެވެ. ކުރަންވާ ކަމެއް ނުކުރަންވާ ކަމެއް ނޭގެއެވެ. ކުއްލި ކުއްލިއަށް ކަންކަން ކުރަން ފެށުމާއި ހުއްޓުމުގައި މިވަރު ބަޔަކު ނުދެކެމެވެ.

    ބަޖެޓް ކުރެވިފައި ނެތަސް ކޮންމެ ފަދަ ބިޔަ މަޝްރޫއެއްވެސް ފަށާފާނެއެވެ. ފައިސާ ލިބޭނެ ގޮތެއް ނެތަސް ޓްރިލިއަން ޑޮލަރުގެ މަޝްރޫއެއްވެސް އިއުލާނު ކޮށްފާނެއެވެ. ރަސްމާލެ ބިނާކުރުމާއި ރަސްމާލޭ އަންޑަރވޯޓަރ ޓަނަލަކީ އޭގެ ކުޑަ މިސާލެކެވެ. ދައްކަން މިއުޅެނީ އެ ވާހަކައެއް ނޫނެވެ. ކޫލް ސްކޫލްގެ ވާހަކައެވެ.

    2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ފާސްކުރީ އައު ސަރުކާރުން މި އަހަރު ހިންގަން ބޭނުންވާ ކަމަށް ބުނި ރަސްމާލެ ހިއްކުން ނޫން ހުރިހާ ކަމެއް ބުނި ގޮތަށް ހިމަނައިގެންނެވެ. ލަފާކޮށްފާ ދިން ބަޖެޓަށް ވުރެ ބޮޑު މާ ބަޖެޓެކެވެ. 2024 ގެ ބަޖެޓްގެ އެއްވެސް ހިސާބެއްގައި "ކޫލް ސްކޫލް" ގެ ވާހަކައެއް ނެތެވެ. ސަރުކާރުގެ ވިސްނުމުގައިވެސް އެކަމެއް ނެތެވެ. 

    މިއަހަރު ކުއްލިއަކަށް ފެންމަތިވީ ބެލެނިވެރިން އަތުން ޗަންދާ ނަގައިގެން ސްކޫލެއްގެ ކްލާސް ރޫމުތަކުގައި ފަންކާ އަޅުވަން އުޅޭ ކަމުގެ ވާހަކައެވެ. އެ ހިސާބުން ސަރުކާރަށް ފާޑުކިޔުންތައް ރައްދުވާންފެށީ ކެޔޮޅަކު ދަހި އައިނަކުން ރާގޮނޑި ބާނާހެންނެވެ. ކަމުން ރެކެން ރާގު ރާގަށް ސަރުކާރުން ވާހަކަ ދެއްކިއެވެ. 

    އެންމެ ފަހުން ހުރިހާ ސްކޫލެއްގެ ކަރަންޓްގެ ހާލަތު ބެލުމަށްފަހު ކްލާސް ރޫމްތައް އޭސީކޮށްދޭން ބުނެއްޕެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކުގެ ކްލާސްރޫމްތައް ހުރީ ބޮޑު ހޭދައެއް ކޮށްގެންނޫނީ އޭސީ ކުރެވޭ ގޮތަކަށް ނޫނެވެ. އޭސީ ކުރުމަށް ކްލާސްރޫމްތައް ތައްޔާރު ކުރުމަށް ކުރަންޖެހޭ ހަރަދު އޭސީ ކުރުމަށް ކުރަންޖެހޭ ހަރަދަށްވުރެ އެންމެ ތަންފުކެއްވެސް ކުޑައެއް ނުވާނެއެވެ. ހުރިހާ ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ ހަރަދު އެތައް ބިލިޔަން ރުފިޔާއަށް ނޭރީވިއްޔާ ލޮނުލީ އެއްޗެއް ނުކާނަމެވެ. 

    ބަޖެޓްނެތި އެވަރުގެ ބޮޑު ހޭދައެއް މުއިއްޒު ކުރަނީ ރަސްމާލެ ހިއްކާހެން ހެއްޔެވެ. ރީތި ނަމެއް ކިޔާފާ މާފުށީ ސްކޫލް ކަހަލަ ރަށު ކައުންސިލުން އޭސީކޮށް ނިންމަމުންދާ ސްކޫލެއްގައި ރެބަން ކަނޑާ ފޮނިވާހަކަ ދައްކާ ޗަރުކޭސް ކުޅެފިއެވެ. ދެރައީ ހަވާ ނޭރުވީމައެވެ. 

    ކާޅު ހާލިހެދީމާ ކޮވެލި ބިސް އަޅާހެން ކޫލް ސްކޫލް އޭ ކިޔައިގެން ޑރ. ޝަފީއުމެނަށް ފޮނު އެރުވަން ދިމާކުރީ މާފުށި ކަހަލަ ސަރުކާރަށް ބަރޯސާނުވާ ރަށެއްގައެވެ. ދުރުގައި ބަލަން ތިބި މީހުނަށް ލައްކައެކޭ ހީވާނެތާއެވެ. ސަރުކާރު ކިހާ މޮޅުހެއްޔެވެ. މިހާ އަވަހަށް މާފުށީ ސްކޫލް އެހަދާ ނިންމާލީ ކޫލް ސްކޫލް އަކަށެވެ. ދެނަކާ ދެނެއްނެތެވެ. ބޮޓުންތައް މުޅި މީޑިއާ ކޫލް ސްކޫލް ގެ ވާހަކައިން ތަގައްޔަރު ކޮށްނިންމާލީއެވެ. ހިންޏަށް ހަކުރު އޮޅުވާލީއެވެ.

    މުއިއްޒު ސްޕީޑްގައި ކޫލް ސްކޫލް ހަދާ ދީގެން ކުދިން ބްލީ ކުރުން ހުއްޓާލާތަން ދެކެން ބެލެނިވެރިން އެތިބީ ކެތްމަދުވެފައެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ފަހުން ޖެހިފޮޑި ވަނތްތާކަށް ވަނތްހެން ކޫލް ސްކޫލުގެ ކަންތައް ގޮސްނިމޭނީ ހުދުކާފޫރަށް ވެގެންނެވެ. ބްލީ ނުކުރާ ކޫލް ސްކޫލް ނުލިބެގެން ކުދިންނާއި ބެލެނިވެރިން ނިކުމެ ވަޒީރަށް ބްލީކުރާ ދުވަސް އޮތީ ފެންނަ ހިސާބުގައެވެ.

    ]]>
    Sun, 02 Jun 2024 14:25:55 +0500 ނިއުސް ޑެސްކް
    ކޭޕާކް ސްކޭމްގެ މުގުލުގައިވެސް މުއިއްޒުތަ!؟ https://heerasnews.com/2506 https://heerasnews.com/2506 ކޭޕާކުގެ ހައުސިންގ ސްކީމަކީ ކުޑަ މަންޑޭ ( ހަސަން މަމްދޫހު ) ލައްވާ ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުރިއިރު ހިންގުވާފައިވާ ސްކޭމެއް ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ. ލިބުނު މައުލޫމާތަށް އިތުރު ބާރެއް ލިބިގެން ދިޔައީ އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ކުރެއްވި އެކްސް ޕޯސްޓްއިންނެވެ.   

    ކޭޕާކް ހައުސިން ސްކީމަކީ ގެދޮރުވެރި ކަމުގެ ނަމުގައި މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޖަރީމާއެވެ. ކޭޕާކް ސްކޭމަކީ 2016 ވަނައަހަރު  އޭރުގެ ސަރުކާރުގެ މަތިފަޑީގައި ތިބި ބަޔަކު 1 މިލިއަން ޑޮލަރު ނަގާގެން ހިންގު ޖަރީމާއެއް ކަމަށް ވެއެވެ. އެކަމުގައި އެޗްޑީސީގެ އޭރުގެ ބައެއް އިސްވެރިންވެސް ބައިވެރިކޮށްފައިވާ ކަމަށް އެނގިފައިވެއެވެ. 

    މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ކޭޕާކް ޢިމާރާތް ހެދުމަށް ހުޅުމާލޭން ބިން ދިނީ މަންޑޭގެ ކަރުދާސް ކުންފުންޏަކަށް އެޗްޑީސީން ދޫކުރި ބިމެއްގެ ގޮތުގައެވެ. މަންޑޭލައްވާ މިސްކޭމް ހިންގުވީ ކޮރެއާގެ ކިމް ކިޔާމީހަކު ބައިވެރިކޮށްގެން ހަމްބޯ ކޮރެއާގެ ނަމުގައި ކަރުދާސް ކުންފުންޏެއް އުފައްދައިގެންނެވެ. ކޭޕާކުގެ ނަމުގައި ކުރެހުމެއްހަދާ އޭރުގެ އެޗްޑީސީ މެދުވެރިވެގެން އެތަން މާރކެޓް ކުރުވީއެވެ.

    ކޮރެއާގެ ކިމްއާއެކު ހެދި ކަރުދާހު ކުންފުނިން ހަންބޯ ކޮރެއާގެ ނަމުގައި 30އަށް ވުރެ ގިނަ ފްލެޓަށް ފައިސާ ނަގައިގެންވެސް އިމާރާތް ކުރަން ފެށޭގޮތް ނުވުމުން ސިނަމާލެ ބުރިޖް އެޅިއިރު އެތާ މަސައްކަތުގައި އުޅުނު މީހުނަށް ބޭނުންވާ ބައެއްތަކެތި ސަޕްލައި ކުރަން އުޅުނު ޗައިނާގެ ޖިން ޝިހޫ ކިޔާ މީހަކާއެކީ ހަމްބޯ ކޮމްޕެނީ ނަމުގައި އަލުން ކުންފުންޏެއް އުފެއްދީއެވެ. އަލުން އުފެއްދި ހަންބޯ ކުންފުނީގައި ޗައިނާގެ ޖިން ޝިހޫ ބައިވެރިކުރުވާ އެކަން އޭނާކުރާ ކަމަކަށް ހެއްދީ  ކުންފުނީގެ %95 ހިއްސާ ޗައިނާގެ ޖިން ޝިހޫ ދީގެންނެވެ. 

    ކޭޕާކް އިމާރާތުގައި ކުރެވިފައިވާ އެއްވެސް މަސައްކަތަކީ ޗައިނާގެ ޖިން ޝިހޫ ނުވަތަ މަންޑޭގެ ލޯލާރިއެއްވެސް ހަރަދުކޮށްގެން ކޮށްފައިވާ މަސައްކަތެއް ނޫނެވެ. އެކަމަށް ސަރުކާރަކުންވެސް އަދި އެޗްޑީސީއަކުންވެސް އެއްވެސް ހަރަދެއް ކޮށްފައެއް ނުވެއެވެ. ކުރިކަމެއްކުރީ އެތައް ބަޔަކު އަތުން އެޕާޓްމަންޓް ވިއްކުމަށް މަކަރާ ހީލަތުން ހޯދި ފައިސާއިންނެވެ. 

    މުއިއްޒުގެ ހައުސިންގ މިނސްޓްރީއާއި އެޗްޑީސީ ގުޅިގެން ހަންބޯއިން ހިންގި ނުރައްކާތެރި ސްކީމް މާރކެޓް ކޮށްދިނީ އެޗްޑީސީގެ ވެބްސައިޓުންނެވެ. އާއްމު ރައްޔިތުން އެތަނުން އެޕަރޓްމަންޓް ގަތުމަށް ފައިސާދައްކަމުން ދިޔައީ އެޗްޑީސީއަށް އިތުބާރުކޮށްގެނެވެ. އެތައް ބަޔަކަށް އެއް އެޕާޓްމަންޓް ވިއްކިޔަސް އެނގޭކަމަށް ނުހަދާ އޭރުގެ ހައުސިންގ މިނިސްޓަރ މުއިއްޒު ލޯމަރަލައިގެން ހުރީ ބައިއަޅާގެން ހިންގި ސްކޭމަކަށް ވާތީއެވެ. މުއިއްޒު މިނިސްޓަރުކަމުގައި ހުރިހާ ދުވަހު އެއްވެސް ކަމެއް ނުބަލާ ބާއްވައިގެން މަންޑޭ ހެދީ އެ ބޮޑުސްކޭމްގެ ގުރުބާން ކަންބަޅިއަށެވެ. 

    ހަންބޯ ކުންފުނީގެ %95 ހިއްސާދާރު ޗައިނާގެ ޖިން ޝިހޫއަކީ ސްކޭމަރެއް ކަމަށް ހަދާ އޭނާގެ ބޮލަށް މުޅި މައްސަލަ ކަނޑާލުމުގެ މީޑިއާ ސްޓަންޓް މިހާރު ވަނީ ފަށާފައެވެ. ކަންނިމޭއިރު %5 ހިއްސާއޮތް މަންޑޭ މައުސޫމަކަށްވެ މުޅި ހަންބޯކުންފުންޏަކީ ވެރިންނަށް ބައިއަޅައިގެން މަންޑޭގެ ސްކޭމް ޓޫލަށް ބަދަލުވާނީއެވެ. 

    މުއިއްޒުގެ ވެރިކަން ފެށުމާއެކު ކޮށްލަން ހުރިކަންކަން ކުރިޔަށް އޮތް 2 މަހެއްތެރޭގައި ނިންމުމަށްފަހު ކޭޕާކް އަލުން މަންޑޭއާ ހަވާލުކޮށްގެން ކެޕާކް މައްސަލަ ކޮލެއްގައި ޖައްސާ ނިންމަން މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ. މަންޑޭލައްވާ މިހާރު ފްލެޓްގަތުމަށް ފައިސާދެއްކި މީހުންނަށް ޑިމާންޑް ކުރުވަމުން ދަނީ އެޕާޓްމަންޓަށް ދޭން އޮތް ބާކީފައިސާ އަވަހަށް ހަމަޖައްސާ ނިންމުވުމަށެވެ. 

    ]]>
    Sat, 01 Jun 2024 19:40:26 +0500 ނިއުސް ޑެސްކް
    މޭޔަރ އާޒިމު ދައްކަވާ ދެއްވަނީ ތަފާތު ނަމޫނާއެއް https://heerasnews.com/2505 https://heerasnews.com/2505 ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ނަތީޖާ ނެރެދިނުމުގައި އާދަމް އާޒިމް ވަރުގެ ދިވެއްސަކު މަދުވާނެއެވެ. ކަމަށް ކަމޭ ހިތުމާއި ބޭނުންވާ ލަނޑު ދަނޑި ހާސިލު ކުރުމަށް ރެޔާއި ދުވާލު ހުއްޓިނުހުރެ މަސައްކަތްކުރުމުގައި އާދަން ވަރެއް ހަމަނެތެވެ.

    އާޒިމު މަސައްކަތް ކުރައްވަނީ ވަގުތާއި ހާލަތާއި އެނގިވަޑައިގެން ހުންނަވައެވެ. ހިދުމަތް ލިބިގަންނަ މީހުންގެ އިހުސާސާ ވިންދާ އެއްގޮތަށެވެ. ކުރައްވަންޖެހޭ ކަމެއް ކުރަންޖެހޭ ވަގުތަށް ފެންވަރު ހުރި ގޮތެއްގައި ކުރައްވަނީ އެވަގުތަކަށް އެކަމެއް ކުރެއްވެން އޮތް ގޮތެއް ބައްލަވައިގެންނެވެ.

    މާލެ ސިޓީގެ މިސްކިތްތަކުގެ ފާހާނާތައް ފަސް ތަރީގެ ފެންވަރަށް ގެނައުމަކީ މިހާރު އާދަން އާޒިމްގެ އަމާޒެކެވެ. އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި ތަނެއްގެ ތާހިރުކަން މިނާ މިންގަނޑަކީ އެތަނެއްގެ ފާހާނާއެވެ. ފާހާނާ ސާފުތާހިރު ނޫން ތަނެއްގައި އޮންނާނެ ސާފުތާހިރު ކަމެއް ނުއޮންނާނެކަން އާޒިމަށް އެނގިވަޑައިގަންނަވައެވެ. 

    ފެންވަރު މަތިކޮށް ތަރައްގީ ކުރަންވެފައި މިސްކިތްތަކުގެ ފަހާނާތައް ނޫންކަމެއް ނެތީއެއް ނޫނެވެ. އެހެނެއްކަމަކު އެއްވެސް ކަމެއް ނޫންކަމަށް ދޫކުރެވި އިހުމާލުކުރެވިފައި ހުންނަ ކަންކަމުން ލިބޭ ގެއްލުން ބޮޑުކަން އާދަމަށް ވިސްނިވަޑައި ގަންނަވައެވެ. 

    މިސްކިތްތަކުގެ ސާފު ތާހިރުކަމަށް އިސްކަން ނުދެވޭ ބަޔަކަށް އެހެން ކަމަކަށް އިސްކަމެއް ނުދެވޭނެއެވެ. އެކަމަކުން ސީދާ ނަގުދު ފައިސާ ނުލިބޭކަމަކަށް ވަގުތާއި ފައިސާ ހޭދަކުރުމަކީ މޮޔަކަމެއް ކަމުގެ ވިސްނުން މީހުންގެ ތެރޭގައި އަށަގަނެފައިވާ ޒަމާނެއްގައި އާޒިމު ދައްކަވާ މިދެއްވަނީ ތަފާތު ނަމޫނާއެކެވެ. 

    މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމާއި މިސްކިތްތަކުގެ ފާހާނާތަކުގެ ސާފުކަމާ ގުޅިފައިވާ މިންވަރު ނިކަން ރަނގަޅަށް އާޒިމަށް އެނގިވަޑައިގަނެއެވެ. އެންމެ އާދައިގެ ކަންކަން ކަމަށް މީހުން ދެކޭކަން ރަނގަޅުނުވެ ރަނގަޅުވާނެއެހެން ކަމެއް ނުއޮންނާނެކަން އާޒިމަށް އެނގިވަޑައި ގަނެއެވެ.

     

    މިސްކިތްތައް ސާފު ކުރުމުގައި ހަރަކާތްތެރި ވާނީ ދިވެހިން ކަމަށްވެސް މިހާރު ވަނީ ހައްދަވާފައެވެ. އާޒިމު އެދިވަޑައިގަތުމަކީ މިސްކިތްތަކަކީ ވަރަށް ވަރަށް ރީތި ތަންތަނޭ މީހުން ބުނާ ވަރަށް އެކަން ކޮށްދެއްވުމެވެ.

    އާދަމް އާޒިމުގެ އަމާޒަކީ މާލެސިޓިގެ މިސްކިތުގެ ފާހަނާ ތަަކަކީ ފަސް ތަރީގެ ފާހަނާ ތަކަކަށް ހެއްދެވުމެވެ. ހަމައެކަނި އަމާޒެއްގެ ގޮތުގައި އެކަން އޮތީއެއް ނޫނެވެ. މަސައްކަތް ފަށައިގެން މިހާރު ދަނީ ކުރިއަށެވެ. ކުރިއަށް އޮތް ދެއަހަރު ތެރޭގައި މާލެ، ވިލިމާލެ، ހުޅުމާލޭގައި ހުންނާނީ ފަސް ތަރީގެ ރީތި ފާހަނާ ތަކަށް ހައްދަވާ ނިންމަވާނެއެވެ.

    ]]>
    Sat, 01 Jun 2024 14:19:04 +0500 ނިއުސް ޑެސްކް
    އައިސްލޭންޑްގެ ސަރަހައްދެއްގައި އަލިފާނުގެ ކޯރުތަކެއް! https://heerasnews.com/2504 https://heerasnews.com/2504 އައިސްލޭންޑްގެ ހުޅަނގު ދެކުނުގައި ޑިސެމްބަރު މަހުގެ ފަހުން ފަސް ފަހަރު އަލިފާން ފަރުބަދައެއް ވަނީ ގޮވާފައެވެ. ފަސްވަނަ ފަހަރަށް ފާރގަޑޯސްފިޗް ކިޔާ އަލިފާން ފަރުބަދައެވެ. އެ ފަރުބަދަ ގޮވީ މިދިޔަ ބުދަ ދުވަހުއެވެ.

    ފަރުބަދަ ގޮވުމުން ދިޔާ އަލިފާން ނުވަތަ ލާވާގެ ރަތް ކޯރުތައް ފެތުރި މަޝްހޫރު ބްލޫ ލެގޫން ޖިއޮތަމަލް ސްޕާ ހުސްކުރަން ޖެހުނެވެ. 

    އެންމެ ފަސްވަނަ ގޮވުމުގެ ސަބަބުން އުފެދުނު ވިލާގަނޑު ގާތްގަނޑަކަށް 3.5 ކިލޯމީޓަރުގެ އުސްމިނަށް އަރައިގެން ދިޔައެވެ. އޭގެ ސަބަބުން 1 ކިލޯމީޓަރަށް ވުރެ ދިގު ކަމަށް ލަފާކުރެވޭ ފިޝަރެއް އުފެދި ކަމަށް އައިސްލޭންޑުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ.

    އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބުދަ ދުވަހު އެ ސަރަހައްދުގެ ފެސިލިޓީތައް ހުސްކޮށްފައިވާ ކަމަށް އައިސްލޭންޑްގެ އެންމެ ބޮޑު ޓޫރިސްޓް އެޓްރެކްޝަން ކަމަށްވާ ބްލޫ ލެގޫން އިން ބުންޏެވެ.

    30،000 މީހުންނަށް ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ހުންނަ އިންޖީނުގެއެއް ހުންނަ ސަރަހައްދެއް ކަމަށްވާ ސްވަރސެންގީގެ ތިރީގައިވާ އަލިފާނުގެ ކޯރުތައް ގާތްގަނޑަކަށް 20 މިލިއަން ކިއުބިކް މީޓަރު (26 މިލިއަން ކިއުބިކް ޔާޑް) ގެ ސަރަހައްދަކަށް ޖަމާވެ ފެތުރިފައިވާ ކަމަށް ބުންޏެވެ.

    ގޮވި އަލިފާން ފަރުބަދައާއި ކައިރި ސަރަހައްދެއްގައި އޮންނަ ގްރިންޑަވިކް ޓައުންގެ 4000 މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ނޮވެމްބަރު މަހު ދާއިމަށް އެ ސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

    ]]>
    Sat, 01 Jun 2024 11:26:05 +0500 ނިއުސް ޑެސްކް
    އިޒްރޭލް ޕާސްޕޯޓް ބޭންކުރަން ބޮޗޭވެސް ބޭނުމެއްނޫން! https://heerasnews.com/2503 https://heerasnews.com/2503 ރައްޔިތުންގެ މަޖިލީހުގެ މެންބަރ އަބްދުއްލާ ރިފާއު (ބޮޗޭ) ވެސް ދެކެވަޑައި ގަންނަވަނީ އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމަކ މުހިންމުކަމެއް ނޫންކަމަށެވެ.  ޕީއެންސީ ޓިކެޓްގައި މާފަންނު ދެކުނު  ދާއިރާއަށް ހޮވިވަޑައިގެން ބޮޗޭގެ ވިސްނުންވެސް ހުރީ އިސްރާއީލުގެ ޕާސްޕޯޓް މަނާ ނުކުރާ ގޮތަށެވެ. 

    20 ވަނަ މަޖިލީހުން ބޭނުންނަމަ އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރިފާއު ވިދާޅުވިއެވެ. އިސްރާއީލް ޕާސްޕޯޓު ބޭން ކުރުމުން ލިބޭ ފައިދާތަކާއި ގެއްލުންތަކަށް ވިސްނާލުން މުހިންމުކަަމަށް އޭނާ ދެކިވަޑައިގަންނަވައެވެ. ރާއްޖެއަށް އަންނަ ހާހެއް ހާ އިސްރާއިލުގެ ފަތުރުވެރިން ރާއްޖެ ނޭރުވުމުން ފަލަސްތިނުގެ މައްސަލައިގައި ކުރިއެރުން ތަކެއް ލިބިގެންދޭތޯ އޭނާ ސުވާލު އުފައްދައެވެ. 

    ބޮޗޭ ގަބޫލު ކުރައްވާ ގޮތުގައި އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމަށްވުރެ ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ވާހަކަ ދައްކައިގެން ލިބޭ ކުރިއެރުން މާބޮޑުވާނެއެވެ. ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ވާހަކަ ދައްކައި ރާއްޖޭގެ ސްޓޭންޑް ސާފުކޮށްދިނުން މާ މުހިންމު ކަމަށް ބޮޗޭ ގަބޫލުކުރައްވައެވެ. 

    ބޮޗޭގެ ވާހަކަފުޅުތަކާއި ޕީއެންސީ ޕިޖީ ލީޑަރ ފަލާހުގެ ވާހަކަ ގުޅުވާލުމުން ޕީއެންސީގެ ސްޓޭންޑް ސާފެވެ. ފަލަސްތީނުގައި އސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އުދުވާނުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑަކީ ދެބޯގެރި ސިޔާސަތެވެ. މުނާފިގުކަމާއި މާއްދިއްޔަތަށް އަޅުވެތިވުމެވެ. މާތްރަސްކަލާނގެ އޯގާވަންތަ ކަމާމެދު ޝައްކު ކުރުމެވެ.

    އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުން ޕީއެންސީއަކަށް މުހިންމެއް ނޫނެވެ. ޕީއެންސީން ބޭނުންވަނީ ދެފުށްކެހެރި ސިޔާސަތެއް ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭށެވެ. އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާއްމަކީ ދެ ގައުމެއްގެ ދެމެދުގައި އޮތް ދާހިލީ މައްސަލައެއްގެ ގޮތުގައި ދެކޭ ދުށުމަކީ ސަރުކާރުގެ ސްޓޭންޑެވެ. 

    ފަލަސްތީނުގައި އިސްރާއީލުން އިސްލާމީ ނަސްލު ނައްތާލުމަކީ ޕީއެންސީއަށް އޮތް ކަންބޮޑުވުމެއް ނޫނެވެ. ރަހުމެއް ކުލުނެއްނެތި ތުއްތުކުދިންނާއި އަންހެނުން މަރާ އަންދާ މުޅި ފަލަސްތީނުންން މުސްލިމުން ނައްތާލުމަކީ ވެސް ޕީއެންސީއަށް މައްސަލައެއް ނޫނެވެ. 

    ޕީއެންސިއާ އޮތް މައްސަލައަކީ އަދި ކަންބޮޑުވުމަކީ ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ހާހެއްހާ އިސްރާއީލު މީހުންގެ އަތުން ލިބޭ ޑޮލަރުކޮޅު ނުލިބި ދާނެކަމުގެ ކަންބޮޑުވުމެވެ. ހަރުބީ ކާފަރު އެތައް ގައުމަކުންވެސް ފަލަސްތިނު ގައުމެއް ގޮތުގައި ގަބޫލުކޮށްފިއެވެ. ބައިނަލްއަގުވާމީ ފިއްތުތައް އިންތިހާއަށް އޮއްވައެވެ. ވެވުނުހާ ގޮތަކުން އެގައުމުތަކުން އިސްރާއީލަށް ފިއްތުންތައް ދަނީ ފިއްތަމުން އުދަގޫ ކުރަމުންނެވެ. އެކަމަކު ސައްތައިންސައްތަ އިސްލާމީ ދިވެހިރާއްޖެ މަދު ޑޮލަރުކޮޅަކަށްޓަކާ އެތިބެނީ އިސްރާއީލް މީހުން އައުން މަނާ ކުރަންވެސް ނުކެރިފައެވެ.    

    ]]>
    Fri, 31 May 2024 15:32:44 +0500 ނިއުސް ޑެސްކް
    ރަސްމާލެއަކީ ހުޅުމާލެއިން ބައެއް ވިއްކާލަން ހިންގި ސްކޭމެއް! https://heerasnews.com/2502 https://heerasnews.com/2502 ރަސްމާލެ ހިއްކަން ރާޖޫ އާއި އެކުގައިވީ އެއްބަސްވުން އުވާލުމަކީ އަޖައިބެއް ނޫނެވެ. ކަމަކީ ތަރުތީބު ވެގެން ރޭވިގެން ހިނގާ ދިޔަކަމެކެވެ. ރަސްމާލެ ހިއްކާ ތަރައްގީކުރަން އެހެން ގޮތެއް ހޯދާ ވާހަކަ މުއްތޮލިބެއް ކަމަކު ނުދައްކާށެވެ. ރަސްމާލެ ހިއްކާ ތަރައްގީ ކުރުމަކީ ކުރާކަށް އުޅުނު ކަމެއް ނޫނެވެ. 

    ރަސްމާލެ ހިއްކާށޭ ކިޔައިގެން މުއިއްޒު ކުރަން އުޅުނު ކަންތައް ވެއްޖެއެވެ. މުއިއްޒު ކުރަން އުޅުނު ކަމަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޖިލިސް ގަންނަން ފައިސާ ހޯދުމެވެ. ރަސްމާލެ ހިއްކުމުގެ ނަމުގައި ރާޖޫ ކިޔާ މީހަކަށް މާލެ ސަރަހައްދުން ބިންތަކެއް ދޫކޮށް އޭނާ ލައްވާ އެބިންތައް ވިއްކައިގެން މުއިއްޒު ރާޖޫ އަތުން ނަގަން ބޭނުންވި ބޮޑު ކަޓު ނަގާ ނިމިއްޖެއެވެ. އެ ހިސާބުން ރަސްމާލެ އެ ނިމުނީއެވެ. 

    ރަސްމާލެއަކީ ހިޔާލީ ފޮލާއެކެވެ. އޮޅުވާލުމެކެވެ. ސްކޭމެކެވެ. ރަސްމާލެ ނަމުގައި ހިއްކިތަން ކޮޅެއް ހިއްކީ އެމްޓީސީސީގެ ޑްރެޖަރ ބޭނުން ކޮށްގެންނެވެ. ރާޖޫއަކު ކުރިކަމެއް އެތާކުނެތެވެ. އެއީ ހަމަ އެކަނި ދައްކާލުމެކެވެ. މުޅި ރަސްމާލެ ޕްރޮޖެކްޓްގެ ފަހަތުގައި އޮތީ ވައްކަމެވެ. 

    ރާޖޫއާއި އެކު އެގްރިމަންޓް ކުރީވެސް ވަކި ހިސާބަކުން އެގްރިމަންޓް ބާތިލުކުރަން އެއްބަސް ވެގެންނެވެ. އެގްރިމެންޓް ބާތިލު ކުރުމުގެ ކުރީން ބިންތަކެއްދީ އެ ބިންތައް ވިއްކާފައި ފައިސާގެ އެއްބައި މުއިއްޒަށް ދިނުމަށް އެއްބަސްވެގެންނެވެ. 

    އެކޯސިޓީ ވާހަކައާއި ޓަނަލްގެ ވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދީ މަޖިލީހުގެ އިންތިހާބު ނިމެންދެނެވެ. އިންތިހާބު ނިމިއްޖެއެވެ. 80 ގޮނޑި މުއިއްޒު ގަނެފިއެވެ. ކޯޓުތަކާ އޭސީސީއާއި އޮޑިޓަރ ޖެނެރަލް މަޖިލީސް މެދުވެރިކޮށް ތިބީ ޗޭނު ޖަހާފައެވެ. 

    ރާޖޫ ވިއްކާލި ބިންތައް ވިއްކި ބަޔަކަށް ވިއްކާ ވިޔަފާރި ނިމިއްޖެއެވެ. ގަތް މީހުންގެ އަތުން ބިންތައް އަނބުރާ އަތުލާދެވޭނެ ކޯޓެއް ފުލުހެއް ނުއޮންނާނެއެވެ. ބިންތައް ހޯދަން އުޅޭގޮތް ސަރުކާރުން ދައްކާލާނެއެވެ. ދައްކާލާއިރަށް ބިންގަތް މީހުން ބޮޑު ވަރަކަށް ރާޖޫއާ ދެކޮޅަށް ކުރާނީ ދައުވާއެވެ. ދައުވާ ކުރިއަށް ނުކަނޑާ އޮވެ ބިންތަކުގައި ބިނާތައް ހެދި ނިމޭނީއެވެ. 

    ކޯޓުން ރާޖޫއާ ދެކޮޅަށް މައްސަލަ ބަލާގޮތް ދައްކާލުމުން ލިބުނު މޮޅައިގެން ރާޖޫ ފިލާ ރައްކާވީމާ ނިމުނީއެވެ. އަމިއްލައަށް އެގްރީމަންޓް ބާތިލު ކުރުމުން ދައުލަތުން ގެއްލުމުގެ ބަދަލު ހޯދަން ދާނެ ތަނެއް ނުއޮންނާނެއެވެ. ދުނިޔޭގެ ކޯޓަކަށް ދިޔަސް އެންމެ ފަހުން ރާޖޫއަށް ބަދަލުދޭން ޖެހޭނީ ދިވެހި ސަރުކާރަށެވެ. މުއިއްޒުގެ ނުބައި ނުލަފާކަމުން  ދައުލަތުން ބޮޑު ހޭދަކޮށްގެން ހިއްކާފާ އޮތް އެތައްހާސް އަކަފޫޓެއްގެ ބިން ގެއްލި އެ ބިން ހިއްކަން ނެގި ލޯނު ދައްކާލަ ދައްކާލާ ދައުލަތް އޮއްވާ މުއިއްޒުގެ ވެރިކަމުގެ ދައުރުނިމި އަތް ތަޅާލާފައި މުއިއްޒު ބަޗާނީއެވެ. ހުރިހާ ދެރައެއް ރައްޔިތުންނަށެވެ.   

    ]]>
    Thu, 30 May 2024 19:53:04 +0500 ނިއުސް ޑެސްކް
    ރައްޔިތުން ބިކަކުރާ ދިވެހީންގެރާއްޖެ https://heerasnews.com/2501 https://heerasnews.com/2501 ހަރަދު ކުޑަކުރުމުގެ ނަމުގައި އާއްމު ރައްޔިތުންނަށްދޭ ސަބްސިޑީތައް ކަނޑާލަން ސަރުކާރުން ދަނީ ރާވަމުންނެވެ. ސަރުކާރަށް ބޮޑުވެގެން އުޅެނީ އާއްމު ރައްޔިތުންނަށް ދޭލުއިތައް ދިނުމެވެ. ސަރުކާރަށް ހަރަދު ބޮޑުވަނީ އާއްމު ރައްޔިތުންނަށްދޭ ހިދުމަތަށް ސަބްސިޑީ ދޭންޖެހޭތީ ކަމަށް ސަރުކާރުން ދަނީ ހުއްޓާނުލާ ދައްކަމުންނެވެ. 

    ފަސްހަހާސް ސިޔާސީ މަގާމު އުފައްދައިގެން އެ މަގާމުތަކުގައި ތިބޭ މީހުންނަށް އަތްގުޅި ނުކާވަރުގެ މުސާރައާއި އިނާޔަތް ދޭކަށް ސަރުކާރަކަށް ހަރަދު ބޮޑެއް ނޫނެވެ. އީދު ފާހަގަ ކުރަން ކުލަބޮކި ދިއްލަން އެތަން މިލިޔަން ރުފިޔާ ތަޅާ ބުރުސާލާކަށް ބޮޑުކަމަކަށް ނުވެއެވެ. ރައީސްގެ ޝާހީ ދިރިއުޅުއްވުމަށް ކޮންމެ މަހަކު އެތައް މިލިޔަން ރުފިޔާ ހަރަދު ކުރާކަށް ބޮޑެއް ނޫނެވެ. ބޮޑުފާލަން ރޫޅާލާ އަލުން ހެދުމަށް އެތައް މިލިޔަން ހަރަދު ކޮށްލުން ބޮޑެއް ނޫނެވެ.

    22 މިނިސްޓްރީ އުފައްދާ އެ ތަންތަން ހިންގަން އަމިއްލަ މީހުންގެ އިމާރާތްތައް ހިފައިގެން ބިލިޔަނުން ކުލި ދައްކާކަށް ބޮޑެއް ނޫނެވެ. ބިލިޔަނުން ހަރަދުކޮށްގެން ވަޒީރުންނަށް ކާރު އައު ކޮށްދޭކަށް ބޮޑެއް ނޫނެވެ. ކަމެއްވާއިރަށް ހަވާއަރުވަން މިލިޔަނުން ހޭދަކުރާކަށް ބޮޑެއްނޫނެވެ. ކަންދައްކަން ޑްރޯންގަންނަން އެތައް މިލިޔަން ހޭދަކުރަން ބޮޑެއްނޫނެވެ. ބައިހަދާފައި ފަސްޓްކްލާހުގައި ދަތުރުކުރާކަށް ބޮޑެއް ނޫނެވެ. ވެރިކަމުގެ ފާޓުފުޅާ ކުރުމަށް ހުއްޓާނުލާ ކުރާ ހޭދައިގެ ވާހަކަ ދައްކާ ކޮޅުން ލާކަށް ނެތެވެ. 

    ބޮޑު ހަރަދަކީ ކަރަންޓާ ފެނަށް ސަބްސިޑީ ދިނުމެވެ. ކާޑާއި ތެލަށް ސަބްސިޑީ ދިނުމެވެ. އުމުރުން ދުވަސްވީ މީހުންށާއި ހާއްސައެހީއަށް ބޭނުންވާ މީހުނަށް އިނާޔަތް ދިނުމާ ބެލެހެއްޓުމެވެ. އެކަނިވެރި މައިންބަފައިންނަށް އިނާޔަތް ދިނުމެވެ. އާރުޓީއެލް ފެރީއާއި ބަހުގެ ހިދުމަތަށް ސަބްސިޑީ ދިނުމެވެ. ސިވިލްސާވިސް މުއައްޒަފުންނަށް އިނާޔަތް ދިނުމާއި އޯޓީ ދިނުމެވެ. ވަޒީފާ އަދާކޮށްގެން ޖަމާކުރާ އަމިއްލަ ޕެންޝަން ފައިސާކޮޅު ދިނުމެވެ. މިނޫންވެސް ސަބްސިޑީތަކާއި އިނާޔަތް އާއްމު ރައްޔިތުންނަށް ދައުލަތުން ދިނުމަކީ އޮންނަނީ އިސްރާފަށް ވެފައެވެ. ހަރަދު ބޮޑުވެފައެވެ.

    ލަހެއްނުވެ ދެމުންދިޔަ އެތައް ސަބްސިޑީއަކާއި އިނާޔަތްތައް ކެނޑިގެން ދާނެއެވެ. އެތެރެކުރާ ކާޑުގެ ބޮޑުބައި ކަނީ ބޭރު މީހުންނޭ ބުނެ ކާޑުގެ ސަބްސިޑީ ކަނޑާލާނީއެވެ. އާރުޓީއެލް ފެރީގެ ހިދުމަތަށް ސަބްސިޑީ ދިނުންވެސް އިސްރާފަކަށްވެ ހީލަތްތެރި ގޮތަކަށް އެކަންވެސް ނިމުމަކަށް ގެންނަން ރޭވެނީއެވެ. އުމުރުން ދުވަސްވާ މީހުނަށްދޭ ޕެންޝަން މުރާޖިއާކޮށް އިސްލާހުކުރާ ނަމުގައި ބަދަލުތަކެއް ގެނަސް އޭގައި އޮބި އަޅުވަނީއެވެ. މުއައްޒަފުންގެ ޕެންޝަން ފަންޑްގައި ހުރި ފައިސާއަކީ ވެސް މަރުފުށު ކަމަކަށްވެސް އަތްނުލެވޭ ގޮތަށް ހުންނަ އަދަދުތަކަކަށް ހަދަނީއެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ދޭ އެހީއާއި އެކަނިވެރި މައިންބަފައިންނަށްދޭ އިނާޔަތް ދިނުންވެސް ނިމުމަކަށް ގެންނަނީއެވެ. ސިވިލް ސާރވިސް މުއައްޒަފުން މަދުކޮށް އިނާޔަތްތައް އުނިކޮށް އޯވަޓައިމް އެއްގޮތަކަށްވެސް ނުދޭނެއެވެ. 

    އާއްމު ރައްޔިތުންނަށްދޭ އިނާޔަތާއި ސަބްސިޑީ އާއި ސިވިލްސާރވިސް މުއައްޒަފުންނަށް ކުރެވޭ ހޭދަ ދެކެނީ ކުރެވޭ އިސްރާފެއްގެ ގޮތުގައެވެ. ބޭކާރު ހަރަދެއްގެ ގޮތުގައެވެ. ދުނިޔޭގެ މާލީ އިދާރާއަކުން ހަރަދު ކުޑަކުރަން މަޝްވަރާ ދޭއިރަށް ކުޅެގަންނާނީ ސިވިލްސާރވިސްގެ މުއައްޒަފުންގެ އާމްދަނީއާއެވެ. ކަނޑާލާނީ އިތުރު ގަޑިއާއި އިނާޔަތްތަކެވެ. ބަދަލު ކޮށް ކަނޑާލާނީ ރައްޔިތުންގެ ލުއިފަސޭހައަށް ދެވޭ ސަބްސިޑީތަކެވެ. އިތުރު ކުރަނީ ނަގާ ޓެކްސްއެވެ. ބޮޑުކުރަނީ ހިދުމަތުގެ އަގެވެ. އުފައްދާ ބޮޑުކޮށް އިތުރު ކުރަނީ ސިޔާސީ ހަރަދެވެ.      

    ]]>
    Thu, 30 May 2024 17:02:15 +0500 ނިއުސް ޑެސްކް
    ހަރަދު ކުޑަކުރުމުގެ ނަމުގައި އާސަންދަ ގުރުބާން ކުރަންނުހަދާ! https://heerasnews.com/2500 https://heerasnews.com/2500 ގިނަ ދިވެހި ރައްޔިތުންނަކީ ހީކުރާވަރުގެ ފޯރާބައެއް ނޫނެވެ. ކޮންމެ ކަމެއްވެސް ނަހަމަ ގޮތުގައި ބޭނުންކުރާ މީހުން އަބަދުވެސް އުޅޭނެއެވެ. ނަހަމަ ގޮތުގައި ހިދުމަތެއްގެ ބޭނުން ބަޔަކު ކުރުމަކީ އެ ހިދުމަތުން ރައްޔިތުން މަހުރޫމް ކުރަން ޖެހޭ ސަބަބެއް ނޫނެވެ. އެ ހިދުމަތް ދަތިކޮށް އުދަގޫ ކުރަންވީ ސަބަބެއްވެސް ނޫނެވެ. ބައެއް މީހުންގެ ހަމާގައި ދިވެހި ރައްޔިތަކަށް ވީތީ ވަކިމީހެއް ނުބަލާ އާސަންދަ ދީގެން ނުވެއެވެ. ސަރުކާރުގެ މަތިފަޑީގައި ތިބި ގިނަ މީހުންގެ ވިސްނުމަކީ މިއެވެ.  

    ބޭނުން ޖެހިފައިވާ މީހާއަށް އެކަނި ލިބޭ އެއްޗަކަށް އާސަންދަ ހަދާ ނަމުގައި ވަކި ބަޔަކަށްދޭ އެއްޗަކަށް އާސަންދަ ބަދަލުކޮށްލަން ވިސްނަނީ އެހެންވެއެވެ. އާސަންދަ ހައްގުވާ ޝަރުތު ހަމަވާ ބަލިމީހުންގެ ލިސްޓަކީ ޒަކާތުގެ ބެހެނިވެރިންގެ ލިސްޓުހެން ކޮންމެ އަހަރަކު ކުރިޔާލާ ތައްޔާރު ކުރެވޭނެ އެއްޗެއް ނޫނެވެ. މީހަކަށް އާސަންދަ ލިބެން ހުރަސް ކުރަންޖެހޭ މިންގަޑުތައް ގިނަވެ އެ މިންގަޑިތައް ގިރާ ނުކުރެވިގެން އެއްވެސް ރައްޔިތަކަށް އާސަންދަ ނުލިބުމަކީ ވެގެންވާނެ ކަމެއް ނޫނެވެ. ގިރާ ކުރަންޖެހޭ ހުރަސްތައް ގިނަވުމުން މަރުފުށު ކަމަކަށްވެސް މީހަކަށް އާސަންދަ ނުލިބި ހިގައިދާނެއެވެ. 

    އެއްބަހެވެ. އާސަންދައިގެ ތެރެއިންވާ ލީކާއި ހިންގާ ކޮރަޕްޝަން ހުއްޓުވަން ޖެހެއެވެ. ކޮންމެ ރައްޔިތަކަށް ހިލޭ ބޭސް ފަރުވާ ފަސޭހަ ކަމާއެކު ކޮށްދެވޭނެ ގޮތަކަށް ދައުލަތުން އިންތިޒާމު ކުރެވިފައި އޮންނަން ޖެހެއެވެ. މުއިއްޒެއްް ގާސިމެއް މައުމޫނެއް އެކަމުގައި ތަފާތު ވެގެން ނުވާނެއެވެ. އަސާސީ ބޭސް ފަރުވާ ދައުލަތުން ހިލޭ ލިބިދޭން ޖެހޭނެއެވެ.

    ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން ނުލިބޭ ހިދުމަތެއް ނޫނީ އަމިއްލަ ތަނަކުން އާސަންދައިގެ ދަށުން ނުދެވޭ ގޮތަށް އާސަންދަ އިސްލާހުކޮށް ހެދިދާނެއެވެ. ރާއްޖޭގެ އެއްވެސް ހޮސްޕީޓަލަކުން ލިބެންނެތް ހިދުމަތެއް ނޫނީ ރާއްޖޭން ބޭރުން ނުދިނީމާ ނިމުނީއެވެ. ރާއްޖޭން ބޭރުން ހިދުމަތް ދިނުމުގައިވެސް އެންމެ ހަރަދު ކުޑަ ގޮތެއް ހިޔާރު ކުރެވިދާނެއެވެ. 

    އާސަންދައިން ދެވޭ ހިދުމަތަށްވުރެ މަތީފެންވަރުގައި ހިދުމަށް ބޭނުންވާ މީހަކު އެހެން ނިޒާމެއްގެ ދަށުން ނުވަތަ އަމިއްލަ ހަރަދުގައި ހިދުމަތް ހޯދުމަކީ އަމިއްލަ ކަމެކެވެ. އާސަންދައަކީ ބަޔަކު އިސްތިހާރުކޮށްގެން ކުރާވިޔަފާރިއެއްގެ ގޮތުގައި އޮތް އޮތުން ހުއްތަން ޖެހެއެވެ. ކޮންމެ ދިވެހިރައްޔިތަކަށް އަސާސީ ފެންވަރުގައި ސިއްހީ ހުރިހާ ހިދުމަތެއްވެސް ދައުލަތުން ލިބިދޭން ޖެހޭނެއެވެ. ނަންބަރު އައިނެއް ހެއްދިޔަސް ލޯކޮޅު ދީފާ ދުނިގަނޑު ނުދިއެއްވެސް ކަމަކު ނުދާނެއެވެ. 

    ރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުގެ ފެންވަރު މަތިކޮށް ހިދުމަތް ފަސޭހަ ކުރަންޖެހެއެވެ. ބަލިމީހުންގެ ކިޔު ކުރުކޮށް އަމިއްލަ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ކިރުފެލަން އޮންނަ ގެރިއަކަށް އާސަންދަ ނުހަދާ ގޮތަކަށް ސިއްހީ ނިޒާމް އިންތިޒާމް ވާންޖެހެއެވެ. 

    ]]>
    Thu, 30 May 2024 16:23:48 +0500 ނިއުސް ޑެސްކް
    އިޒްރޭލު ޕާސްޕޯޓް މަނާ ނުކުރެވޭ ޕީއެންސީއަށް ހަލާކުހުރި! https://heerasnews.com/2499 https://heerasnews.com/2499 އޭ މިތިބަ ޕީއެންސީ މެންބަރުންނޭވެ. ވެރިކަމާ މުދަލާ ފައިސާ އާއި ބަދަލު ހިފުމުގެ ރޫހުގައި ތިޔަ ތިބީ ދީވާނާ ވެފާހެއްޔެވެ. ވެރިކަމަށާ މަޖިލީހަށް ބަޔަކު ލެވެނިކޮށް ނިމުނީ ހެއްޔެވެ. މިއްޔަކީ އަބަދަކު ތިބޭކަށް އޮތްތަނެއް ނޫނެވެ. މާދަމާ ވާނެގޮތެއް އެބަ އެނގޭހެއްޔެވެ. 

    ވެރިކަން ލިބުމުން ތިޔައިގެ ތެރެއިން އެތައް ސަތޭކަ ބަޔަކަށް ބޮޑު މުސާރައާއި އަރާމާ އުފާ ލިބިއްޖެއެވެ. އެ މީހުން ކިތަންމެ އަރަމަކާ އުފަލެއްގައި އުޅުނަސް ތިޔައިގެ ގިނަ މީހުން އަދިވެސް ތިޔަ އުޅެނީ ވޭނާ ހިތާމައިގައެވެ. ދަތިހާލުގައެވެ. ނުތަނަވަސްކަމާއި ވޭނުގައެވެ. ދަތިހާލުގައި އުޅެން ޖެހުމުން ކުރާންޖެހޭ އިހުސާސް ހިނދުކޮޅަކަށްވެސް ހިތައް އަރުވާލަ ބަލާށެވެ. ތިޔައުޅޭ ދަތި ހާލާ ވޭނަށްވުރެ ދަތިހާލުގައި ވޭނީ އަޒާބުގައި ފަލަސްތީނުގެ ތުއްތު ކުދިންނާއި އަންހެނުންނާއި ޒުވާނުންނާއި ބަލިމީހުންނާއި މުސްކުޅިންނާ އުޅޭ ކަމެއް ނޭނގޭ ހެއްޔެވެ. 

    ރަފަހުގައި ކާބޯ އެއްޗެއް ނުލިބި ބަނޑަށް މަރުވަމުން ދަނީ ކިތައް އަންހެނުންނާ ކިތައް ކުޑަ ކުދިންކަން އެނގޭ ހެއްޔެވެ. ވަންނާނެ ގެދޮރެއް ނެތެވެ. ބޯނެ ފެން ފޮދެއް ނުލިބެއެވެ. އެހާލުގައި ދިރިތިއްބާ އަލިފާން ބޮންއަޅާ އެކޮށްލަނީ ހަށިތަކުގައި ރޮލެވެ. މުޅި ފަލަސްތީހުގެ ދަރިފަސްކޮޅު ވުޖޫދުން ފުހެލުމަށް ޝައިތާނީ އަނިޔާވެރި އިޒުރޭލުގެ ޖައްބާރުކަން ހަމަ ނުފެންނަނީ ހެއްޔެވެ. ހަމަ ގައިމުވެސް މިގައުމުގައި މިހާރު ތިބި ވެރިންނަކަށް އެތަނެއް ނުފެނެއެވެ. އެކަމެއް އެ ވެރިންނަކަށް ނޭގެއެވެ. ފެންނަ ނަމަ އެނގޭނަމަ އިސްލާމްދީނަށް ނަސްރުދޭން އައިވެރި ބަޔަކު ބޮޑެތި ބަސް ބުނެލަބުނެލާ އެހެނެއް ނުތިބީހެވެ.

    މީރުކޮށް ކައިގެން ވަރުގެ ކޮޅަށް ހެދިގެން ތަންތަނަށް ގޮސް އިޒްރޭލް ކުށްވެރިކުރަމޭ ބުނުމަކީ ފެނުމެއްނޫނެވެ. ވެރިންގެ ތެދުވެރި ނިޔަތް އެކަމުގައި އޮތްނަމަ ރަސްމީ ޖަލްސާތަކުގައި އަޑުއުފުލާކަށް ނުތިބޭނެއެވެ. އެގޮތަށް އަޑު އުފުލުމުގެ އިތުރަށް ރާއްޖޭގެ ފެންވަރުން ކުރެވޭނެ ކަންކަން ބައިވަރު އެބަހުއްޓެވެ. އެކަންކަން ނުކޮށް އެތިބެނީ ކާކުދެކެ ބިރުން ހެއްޔެވެ. 

    އާނއެކެވެ. ރާއްޖެއަކު އިޒްރޭލާ ހަނގުރާމަ ކުރުމުގެ ގާބިލު ކަމެއްނެތެވެ. މީހުނެއް ހަތިޔާރެއް ބާރެއް ނެތެވެ. އެކަމަކު ކުރެވޭނެ ކަންކަން ބައިވަރު އެބަހުއްޓެވެ. އިޒުރޭލުގެ މަސްލަހަތު ހުރި އެތައް ވިޔަފާރިއެއް ރާއްޖޭގައި އެބަ ހިނގައެވެ. ޔަހޫދީންނާއި އެ މީހުންގެ ވާގިވެރިންނަށް ސިދާ މަންފާ ލިބޭ އެތައް ރިސޯޓެއް އެބަ ހިންގައެވެ. ގެސްޓުން އައުން މަދުވެދާނެތީ ޑޮލަރު ނުލިބިދާނެތީ ބަޔަކު ރުޅިއަތުވެދާނެތީ ފިޔަވަޅު އަޅަން ވެރިންނަށް އެ ތިބެނީ ނުކެރިފައެވެ. 

    ތިޔަ އެންމެން އެއްކޮށް ނިކުމެ އިންޑިޔާ އައުޓު ކުރަން އުޅުނުއިރު ފިޔާއާއި އަލުއްވާއި ބިސް ނުލިބިދާނެތީ ބިރަކުން ނޫޅޭއެވެ. ހިލަވެއްޔާ ކާޑާ ލިބުން ދަތިވެދާނެ ކަމަކަށް ނުބަލައެވެ. ބައެއްގެ ވަޒީފާ ގެއްލިދާނެތީއެއް ރާއްޖެ ބޮއިކޮޓް ކޮށްފާނެތީއެއް ނޫޅެއެވެ. އެ ގަޓު މިހާރު ކޮބައިހެއްޔެވެ. ފަލަސްތީނުގެ މުސްލިމް ނިކަމެތި ރައްޔިތުންނާ ޖެހުނީމާ އެހެނެއް ނުވެއެވެ. ގުނޫތު ކިޔުން އުނބަށް ޖެހުމަކުންވެސް ނުފުދެއެވެ.

    ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާއްމަކީ ދެ ގައުމެއްގެ ދެމެދުގައި ހިގާ އާދައިގެ ދެބަސް ވުމަކަށް ހަދާ އިޒުރޭލް ޕާސްޕޯޓު މަނާކުރަން ޕީއެންސީގެ ވެރިން ފަސް ޖެހިއްޖެއެވެ. ރައްޔިތުންގެ ގިނަ ބަޔަކު މަޖިޅިހަށް ހުށަހެޅި އިޒްރޭލް ޕާސްޕޯޓް މަނާކުރާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ގަރާރަކަށްވެ ތަންފީޒު ކުރަން ފޮނުވިތާ 195 ދުވަސްވީއެވެ. ކަލޭމެން ހޮވި ރައީސް އެ ހުރީ ދެނަހުރި ކަމަށްވެސް ނުހަދައެވެ. 

    ފަލަސްތީނު މުސްލިމުން އަހުންނާއި އުހުތުންނަށް ކިރިޔާވެސް ކުލުނެއް އޮތްނަމަ އިޒްރޭލު ޕާސްޕޯޓް މަނާކުރުވަން ޕީޕީއެމް-ޕީއެންސީ ނިކުންނާށެވެ. އިޒްރޭލާއި އިޒްރޭލުގެ ވާގިވެރިންގެ ވިޔަފާރިތައް ރާއްޖޭގައި ހިންގުން ސަރުކާރުން މަނާކުރުވަން ނިކުންނާނީ އެމީހުންނެވެ. އެކަންވާނީ ވެސް ޕީއެންސީގެ ޕީޕީއެމް- މެންބަރުންނަށެވެ. ވެރިކަމުގައި ހުރީ އެމީހުން ގެނައި މީހެކެވެ.

    މާތްކަލަކޯއެވެ. ޑޮލަރު ނުލިބިދާނެތީ ބަޔަކު ރުޅިއަތުވެދާނެތީ މާތްރަސްކަލާގެ ރަހުމަތަށް ޝައްކު ނުކުރާށެވެ. ރަހުމަތުން އުންމީދު ކަނޑާނުލާ ވެރިން ހަމަ މަގަށް އަޅުވާށެވެ. އިޒްރޭލް ޕާސްޕޯޓް މަނާކޮށް އިޒްރޭލައި އިޒްރޭލަށް ވާގިދޭ ގައުމުތަކުގެ ވިޔަފާރިތައް ސަރުކާރުން ހުއްޓުވަށެވެ. އެކަން ކުރުވާނީ އިންޑީއާ ސިފައިން ބާލާ ގޮތަކަށް ނޫނެވެ. 

    ]]>
    Wed, 29 May 2024 21:52:47 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ އަސްލުސޫރަ ފެންނާނީ ރަނގަޅަށް އާރާބާރު ލިބުމުން https://heerasnews.com/2498 https://heerasnews.com/2498 ޖަންވާރުންގެ ޖަންގައްޔެއްގައި ވެރިކަން ކުރާނީ އެ ޖައްގަލީގައި އޮންނަ އެންމެ ޖައްބާރު އެންމެ ގަދަފަދަ އެންމެ ހުޝިޔާރު ޖަނަވާރެކެވެ. ކަނޑު ގައިވެސް އޮންނަނީ އެހަމައެވެ. ބޮޑުމަސް ކުޑަމަސް ކާލާ އުސޫލެވެ. އިންސާނުންނާއި މަސްމަހާ މެއްސާއި ޖަނަވާރުންނާ ތަފާތު ވަނީ އިންސާނުނަށް ބުއްދި ދެއްވިޔަތީއެވެ. ދެއްވި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި އިންސާނުން ނުހިފައިފިނަމަ އިންސާނެކޭ ޖަނަވާރެކޭ ތަފާތެއް ނޯވެއެވެ. 

    މާތް ކަލާނގެ އިންސާނުނަށް ކަންކަން މަތި ކުރައްވަނީ އިމްތިހާނެއްގެ ގޮތުގައެވެ. އެކަކަށްވެސް ތަދުބީރުގެ އަތަކުން ތަގުދީރެއް ނުކުރެހެއެވެ. ކުފުރުގެ މައްޗަށް ކުފުރުވެ އުޑުން ވާރޭ ވެއްސަންދެން ވެސް އާރާބާރުގައި ފިރުއައުނު ލެހެއްޓެވީ ފިރުއައުނުގެ މޮޅުކަމަކުން ނޫނެވެ. ނިކަމެތި ކުރެއްވުމުގެ ވަގުތު ޖެހުމުން އަމިއްލައަށް ކަނޑަށް އެރި ފިރުއައުނު ގަރަގުވީއެވެ. ނަމުރޫދު އަލިފާނުން މީހުނަށް އަދަބުދީ ބާރުދައްކާ އުޅެނިކޮށް ނެތިކުރައްވަން ފާކުރެއްވީ މަދިރިއެކެވެ. 

    ލިބޭ ކޮންމެ އާރާ ބާރަކީ ނަސްރަކަށް ނުވެދާނެއެވެ. ބައެއްގައި ހުރި މުނާފުކަމާއި ޖައްބާރުކަމާއި ހިޔާނާތްތެރިކަން ފާޅުވެ އަސްލު ސޫރަ ފެންނާނީ އާރާ ބާރު ލިބިގެންނެވެ. އަރާ ބާރު ލިބުމުގެ ކުރީން ނުރަގަޅުވި ހުރިހާ ކަމެއް އާރާބާރު ލިބުމަށްފަހު ރަނގަޅުވެ ކިހާޅެން ފަރިއްސަށް ވުމަކީ އޭގެ މިސާލެކެވެ. ރައްޔިތުންނާ ރައްޔިތުންގެ ހައްގު އޮންނަނީ އާރާބާރު ލިބެންދެނެވެ. 

    މުއިއްޒު ވެރިކަމަށް އަންނަން އުޅުނު އިރު ރާއްޖޭގައި ރަނގަޅަށް ހިނގާ އެއްކަމެއް އޮތް ކަމަކަށް ނުވެއެވެ. ބޭރުގައުމެއްގެ އަޅުވެތިކަމަށް ވެއްޓިގެން އިންޑިއާ ސިފައިންގެ ފައުޖުތައް ގިނަކަމުން ފިޔަވަޅު އެޅޭކަށް އޮތް ކަމަކަށް ނުވެއެވެ. މީހުނަށް ސަރުކާރުންދޭ ވަޒީފާގެ ގިނަކަމުން މަތި ބަރުވެގެން ހީވީ ބޮލަށް އުޑުވެއްޓެނީ ހެންނެވެ. ދަރަނި ބޮޑުވެގެން ބަނގުރޫޓްވެ މީހުންގަޑު ހީވީ ބަނޑަށް މަރުވެދާނެހެންނެވެ. މަސްވެރިން ބާނާ މަސް ނުކިރިގެންނާއި އައިސްނުލިބިގެނާއި ބާނާ މަހަށް ފައިސާ ނުލިބިގެން ސަރުކާރު އޮތީ ތިންކިޔޫ ސަރުކާރަކަށް ހަދާފައެވެ. މަޖިލީހުގައި ސްޕަރމެޖޯރިޓީ ސަރުކާރަށް އޮވެގެން ރައްޔިތުންގެ އަޑު ކެނޑިގެން އުޅުނު އިރުހީވީ ވައިމައްޗަށް އަރުވާފާ އޮތް ރާރާގުޑި ތަކެއްހެނެވެ. 

    ވެރިކަން ލިބުމާއެކު އެކީ އެކައްޗަކަށް ލަވަ ބަދަލުވެއްޖެއެވެ. ކޮންމެ ކަމެއް އިހުނަށްވުރެ ވީބޮޑެވެ. ދަރަނިވެރި ދައުލަތަކަށް ނުވިއެވެ. ސަރުކާރުގެ މަތިބަރު ކަމަކަށް ނުވިއެވެ. މަޖިލީހުގެ 90 ޕަސެންޓް ސަރުކާރަށް ލިބުނަސް ހިތްފުރުނު ކަމަކަށް ނުވިއެވެ. ފާރަވެރިވާނެ ލޮލެއް ހުރިއްޔާ ކޮށްލަނީ ކަނެވެ. ކަންފަތެއް ހުރިއްޔާ ކޮށްލަނީ ބަކެވެ. ބަސްބުނާނެ އަނގައެއް ވިއްޔާ ލަނީ ބައްދައެވެ.

    މުޅި ދައުލަތް އަތަށް ކަހާލައިގެން ނޫނީ ވެރިކަން ކުރެވޭ ކަމަކަށް ނުވެއެވެ. ތިރީހަކަށް އަހަރަށް ވެރިކަން ކުރަން ފައިނަގައިގެން އަރުވާ ހަވާ މައްޗަށްއަރާ ގޮވުމަށްފަހު ފަޅި ސިކުތަކުން އަލިކަން ކެނޑޭކަން އެނގޭ އިރު ޖައްވަށް ބުރައިގެންދާ އަޅިކޮޅުވެސް ނުފެންނާނެއެވެ. 

    ]]>
    Wed, 29 May 2024 19:47:38 +0500 ނިއުސް ޑެސްކް
    ސިންވާރު ނުފެނުމުން ރުޅިބާލަނީ ކުޑަކުދިންނާ އަންހެނުންނަށް! https://heerasnews.com/2497 https://heerasnews.com/2497 ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ ފަލަސްތީނު މިނިވަންކުރާ ޖިހާދީންގެ ޖަމާއަތެކެވެ. ޖަމާއަތުގެ މައިމަރުކަޒު ހުންނަނީ ގައުމުން ބޭރުގައެވެ. ހަމާސް ޖަމާއަތުގެ ލީޑަރ އިސްމާއީލް ހަނިއްޔާވެސް އުޅުއްވަނީ ގައުމުން ބޭރުގައެވެ. ފަލަސްތީނުގެ ގައްޒާގައި ވެރިކަން ކުރަނީ ހަމާސްއިންނެވެ. ފަލަސްތީނުގައި ހުންނަ ހަމާސް ޖަމާއަތުގެ އެންމެ އިސް ލީޑަރަކީ އަދި އިސް އަސްކަރީ ކޮމާންޑަރަކީ ޔަހްޔާ ސިންވާރެވެ.

    ޔަހްޔާ ސިންވާރަކީ އިޒްރޭލު ބުނާ ގޮތުގައި ޓެރެރިސްޓެކެވެ. މުޖުރިމެކެވެ. ކުށަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯއްދެވުމަށާއި، އިސްތިއުމާރީ އިޒްރޭލުގެ ކިބައިން އަމިއްލަ ވަޒަން ދިފާއުކޮށް މިނިވަންކުރުމަށް ޖިހާދުކުރެއްވުމެވެ. އިޒްރޭލުން ތުހުމަތަކީ އިޒްރޭލަށް އެތައް ހަމަލާއެއް ދިނުމާއި އިޒްރޭލު މީހުން މެރުމެވެ. އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގައި ހިންގާ ކަންކަމުގެ އެންމެ އިސް މޭސްތިރިއަކީ ޔަހްޔާ ސިންވާރު ކަމަށައި އޮކްޓޫބަރު 7 ގައި އިސްރާއީލަށް ދެވުނު ހަމަލާ ރާވައި ހިންގީވެސް ޔަހްޔާ ސިންވާރު ކަމަށް އިޒުރޭލުން ތުހުމަތު ކުރެއެވެ.

    އިސްރާއީލުން އެތައް ފަހަރަކު ޔަހްޔާ ސިންވާރު ހައްޔަރުކޮށް ޖަލަށް ލާފައިވެސްވެއެވެ. ޔަހްޔާ ސިންވާރު މައްޗަށް ހަތަރު ފަހަރެއްގެމަތިން އުމުރަށް ޖަލަށްލުމަށް އިސްރާއީލުގެ ކޯޓުތަކުން ހުކުމްކޮށްފައިވެއެވެ. އެންމެ ފަހުންވެސް ސިންވާރު މިނިވަން ވެފައިވަނީ ހަމާސްގެ އަތްދަށުވި އިސްރާއީލު ސިފައިންގެ މީހަކު މިނިވަންކުރުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

    ސިންވާރު އަވަހާރަ ކޮށްލުމަކީ އިސްރާއީލު ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. މިހާރު އިޒުރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކުގެ ކުރިންވެސް އިސްރާއީލުންވަނީ ޔަހްޔާ ސިންވާރާއި އޭނާގެ އާއިލާއަށް އަމާޒުކޮށް އުދުވާނީ އެތައް ހަމަލާއެއް ދީފައެވެ. ބައެއް ހަމަލާތަކުގައި ސިންވާރުގެ އާއިލާގެ ބައެއް މެމްބަރުން ޝަހީދުވެސް ވެފައިވެއެވެ.

    ޔަހްޔާ ސިންވާރު ހުންނެވި ތަނެއްގެ މައުލޫމާތުދޭ ފަރާތަކަށް އިސްރާއީލުން އެތައް ފަހަރެއްގެމަތިން އެތައް މިލިއަން ޑޮލަރެއް ވެސް ހުށަހަޅާފައިވެއެވެ. ޔަހްޔާ ސިންވާރަކީ ގައްޒާއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ގައްޒާގެ މަގުމައްޗަށް ނުކުމެވަޑައިގެން އާންމުންނާއެކު އުޅުއްވާވެސް ހައްދަވައެވެ. ނަމަވެސް އިޒްރޭލަށް ޔަހްޔާ ސިންވާރު އަތުލައިގަނެވޭ ގޮތެއް ނުވެއެވެ. 

    ގައްޒާގެ ރަފަހަށް މިހާރު ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާނުލައި އިޒްރޭލުން އިތުރަށް ވަރުގަދަކުރަމުން ގެންދަނީވެސް ޔަހްޔާ ސިންވާރު އަތުޖެހޭތޯއެވެ. ސިންވާރު މިހާރު ހުންނެވީ ރަފަޙުގައި ހިމާޔަތް ހޯއްދަވައިގެން ކަމަށް އިޒްރޭލުން ދެކެއެވެ. ޔަހްޔާ ސިންވާރު އަތުލައިގަތުމަކީ އެމެރިކާވެސް ވަރަށް ބޮޑަށް ބޭނުންވާކަމެކެވެ. ޔަހްޔާ ސިންވާރު އަވަހާރަކޮށްލުމުން ނުވަތަ އަތުލައިގަނެވުމުން ފަލަސްތީނުގެ މުޖާހިދުން ބަލިވެ ހަނގުރާމައިން އިޒްރޭލަށް ކާމިޔާބީ ލިބިގެން ދާނެކަމަށް އިސްރާއީލާއި އެމެރިކާ ދެކެއެވެ.

    މުޅި ގައްޒާއަށް އެއްގަމާއި، ވަޔާއި އަދި ކަނޑުމަގުން އުދުވާނީ ހަމަލާތައް ދެމުންގެންދާތާ މިއަދަށް 234 ދުވަސް ވެގެންދިޔައިރު، ހަމާސްގެ ހަރަކާތްތަކެއް ހުއްޓުވައެއް ނުލެވުނެވެ. ހަމާސްގެ އެއްވެސް ލީޑަރެއް އަތެއް ނުވިއެވެ. ރަފަހުގައި އދގެ އޭޖެންސީން ބަލަހައްޓާ ރެފިއުޖީ ޓެންޓަކަށް އަލިފާންބޮންއަޅައި އެތައް ކުޑަކުދީންނާއި އަންހެނުން ހިމެނޭހެން 45 މީހުން ދިރިތިއްބައި އަންދާލުމުން ވެސް ޔަހްޔާ ޝިންވާރު އަތުވިތާ ހަމާސްގެ އެހެން ލީޑަރަކުވެސް އަތެއް ނުލެވުނެވެ. އެންމެ ފަހުން ބުނާނެ އެއްޗެއް ނޭނގިގެން ބުނީ ހަމާސްގެ 2 އޮފިޝަލުން މަރާލެވުނު ކަމަށެވެ.  މިކަމުންވެސް ރަފަޙްގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާގެ ފަހަތުގައިވަނީ ކޮންކަމެއްކަން ވަރަށް ސާފުކޮށް އެނގޭ.

    ހަމާސްގެ ވެރިން އަތުނުވުމާއި ހަމާސްގެ ބާރު ކަނޑުވާނުލެވިގެން ނަތަންޔާހޫ ރުޅިބާލަމުން ގެންދަނީ، ގައްޒާގެ އާންމުންނާއ ކުޑަކުދިންނާއި އަންހެނުންނަށެވެ.

    ]]>
    Wed, 29 May 2024 15:50:48 +0500 ނިއުސް ޑެސްކް
    ޑިކްޓޭޓަރ މުއިއްޒު އެމްޑީޕީން ސައިޒުކޮށްލާނެ! https://heerasnews.com/2496 https://heerasnews.com/2496 މިހާރަކަށް އައިސް މާގަދައަށް އިވޭ އަޑެކެވެ. ކަންބޮޑުވުމާއެކު ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ގިނަ ބަޔަކު އެސުވާލެއްގެ ޖަވާބަކަށް ކެތްމަދުވެގެން އުޅޭ ސަބަބެއްވެސް އޮންނާނެތާއެވެ. ޖަވާބު ނުލިބެގެން އުޅޭ ސުވާލަކީ އެމްޑީޕީއަށް ދެންވަނީ ކިހިނެއް ހެއްޔެވެ. 

    ރާއްޖޭގައި ޕާޓީތައް އުފެދި ވައިވެ ވަޅުޖަހާ އުވިގެން ހިނގައްޖެއެވެ. އުވިދިޔަ ޕާޓީތަކާއި ވާގިނެތި ހަކަތަ ހުސްވެފައި އޮތް ޕާޓީތަކާމެދު މީހުންގެ ހިތުގައި ސުވާލު އުފެދި ކަންބޮޑުވެގެނެއް ނޫޅެއެވެ. އެހެންވީއިރު އެމްޑީޕީއާއި މެދު ކަންބޮޑުވުން އުފެދި ސުވާލު އުފައްދާނީ އެމްޑީޕީއާ މެދު މީހުންކުރާ އުންމީދުތަކެއް އޮވެގެންނެވެ.

    ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ މަންމަޔަކީ އެމްޑީޕީ ކަމަށްވުމީ އޭގެ އެއްސަބަބެވެ. ރާއްޖެ ބަދަލުކޮށްލި ސިޔާސީ ފިކުރަކީ އެމްޑީޕީ ކަމަށްވުމެވެ. ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ވައްޓަފާޅި އަށަގެންނެވި ޕާޓީއަކީ އެމްޑީޕީއަށް ވުމެވެ. އެމްޑީޕީއާއި މެދު ގިނަބަޔަކު ކުރާ އުންމީދު ތަކެއް އޮތުމަކީ އެމްޑީޕީއަށް ވާނެގޮތް އެނގެން ބޭނުންވާ ސަބަބެވެ.

    ވަކި މީހަކަށް ބާރުވެރިކަން ހޯދާދިނުމަށް ސިޔާސީ މަސައްކަތެއް މިހާރަކު އެއްވެސް ބަޔަކަށް ނުކުރެވޭނެއެވެ. މީހުންގެ ބައިވެރިވުމާއި ހަރަކާތް މިހާރު ގުޅިފައި އޮންނަނީ ކުރިން އޮތް އަސާސުތަކުގެ މައްޗަކަށް ނޫނެވެ. މަށަށް ލިބެނީ ކޮން އެއްޗެއްތޯ ނުބަލާ މަ ކޮށްދޭނީ ކޮންކަމެއްތޯ ބަލައިގެން ސިޔާސީ މަސައްކަތް ކުރިޒަމާން މާޒީވެއްޖެއެވެ. ކުރެވުނު ކަންކަމާ ނިކުތް ނަތީޖާއަޅާ ކިޔުމަށްފަހު ވިސްނުމާ ފިކުރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. 

    މައުމޫނުގެ 30 އަހަރުގެ ދިގުވެރިކަމަކާ ދެކޮޅަށް އެމްޑީޕީ ތެދުވެ ކަންކަން ކުރިގޮތަށް އޭގެ ވިހި އަހަރު ފަހުން ކަންކަން ކުރެވޭނެ ކަމަށް އުންމީދު ކުރުމަކީ މޮޔަކަމެކެވެ. މަގުމަތީ މުޒާހަރާތަކާއި މަދަނީ ބަސްނޭހުންތައް މީހުނަށް  އޭރު އަލަސް މިހާރަކު އެއިއްޔަކީ އައު ކަންކަމެއް ނޫނެވެ. އަމްދުން ވެރިކަމާއި އާރާބާރު ލިބުމުން ވެރިކަމުގައި ވަކި މީހަކުނެތިގެން އެތެރޭން ވެރިކަން ހަރާބުކޮށްލުމަށް ކުރެވޭ މަސައްކަތުން ލިބޭ ގެއްލުންތައް ފޫބައްދާ އިތުބާރު އުފެއްދުމަކީ ފަސޭހަކަމެއް ނޫނެވެ. ފާރުހިކެން ވަގުތު ނަގާނެއެވެ.

    ދަނޑިވަޅުބަލާ ވާދަވެރިން އެނގަކުރި ހިފުމުން މިހާރަކު އެމްޑީޕީއެއް ނެތޭވެސް ބަޔަކަށް ހީވެދާނެއެވެ. އެހެނަސް އުފެއްދިހާ ފިތުނައާއި ދިންހާ ގެއްލުމާއެކުވެސް ދެވަނަ ބުރުގައި އެމްޑީޕީ ބަލިވީ އެއްލައްކަ ނުވަހާސް ވޯޓާއެކުގައެވެ. މޮޅުވި ޕީއެންސީ މޮޅުވީ 15 ވަރަކަށް ހާސް ވޯޓުގެ ތަފާތުންނެވެ.

    ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބަލިވި އެހެން ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި އެންމެ ކައިރީގައި 15 ހާހެއްހާ ވޯޓު ލިބިގެން އޮތީ އެމްޑީޕީން ވަކިވެގަތް ދަ ޑިމޮކްރެޓްސްއެވެ. ދެވަނަ ބުރުގައި އެމްޑީޕީއަށް ގެއްލުނީ އެ 15 ވަރަކަށް ހާސް ވޯޓުކަން ކިތަންމެހާވެސް ސާފެވެ. އެކަމުން އެނގި ކަށަވަރުވީ އެމްޑީޕީ ވީ ބައްޔަކީ ވަކި މީހަކު ނޫނީ ވެރިކަމުގައި ހުރުމަށް ނުރުހުނު ބަޔަކު އެމްޑީޕީގެ ސިޔާސީ ބާރު ކަނޑުވާލާ ރޫޅާލަން އެތެރެއިން ކުރި މަސައްކަތުގެ ނަތީޖާކަމެވެ. އެމްޑީޕީގެ ކުރި މަގާމެދު ސުވާލު އުފައްދާ ޝައްކު އުފައްދަނީ އަދިވެސް އެބައިގަޑެވެ. 

    ވަޒިފާއާއި ނުފޫޒާއި ހައްދެއްނެތް ވަރަށް ރިޝްވަތު ދީގެން ފާޅުގައި ސަރުކާރުން ކެންޕޭން ކުރަނިކޮށް އެމްޑީޕީގެ ޓިކެޓަށް 59 ހާސް ވޯޓު ލިބި މަޖިލީހުން 12 ގޮނޑި ލިބުމުން އެމްޑީޕީ މަރާ ނުލެވޭކަން މާބޮޑަށް ސާފެވެ. ރަގަޅަށް ތައްޔާރުވެގެން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެ މުއިއްޒުގެ ހުދުމުހުތާރުކަން ކަނޑުވާލާތަން ފެންނާނެއެވެ. 

    ]]>
    Tue, 28 May 2024 20:04:52 +0500 ނިއުސް ޑެސްކް
    ޑިކްޓޭޓަރ މުއިއްޒުގެ ރަބަރުތައްގަޑަށް މަރުހަބާ! https://heerasnews.com/2495 https://heerasnews.com/2495 ގައުމުގެ ހަޔާތުގައި މިއަދަކީ ލަދުވެތި ދުވަހެކެވެ. ކަޅު ދުވަހެކެވެ. އަނދިރިކަމާ ނާމާން ކަމުން ހަތަރު އުދަރެސް ބައްދާލި ދުވަހެކެވެ. ގައުމުގެ ހީރަސްކެނޑި ކަންކަން ހައްދުން މައްޗަށް ދިޔަ ދުވަހެވެ.

    ރާއްޖޭގެ ދިގު ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންކުރާ އެންމެ ގޮތްފޮތް ނެތް މީހާގެ ރައީސްކަން ފެށުނު ދުވަހެވެ. އަލްއަމީރު މުހައްމަދު ފަރީދު ދީދީގެ ރައީސް ކަމުން ފެށިގެން ހިތަދޫ މުހައްމަދު އަސްލަމާ ހަމައަށް މަޖިލީހުގެ ރައީސްކަން ކުރެއްވީ 20 ބޭފުޅުންނެވެ. އޭގެތެރޭގައި ގިނައީ އިލްމާ ތަޖުރިބާގެ ގޮތުން އާދަޔާ ހިލާފް މޮޅު ބޭފުޅުންނެވެ. މާދަރީ ބަހުގެ އިތުރަށް ބޭރުބަހެއް ދެނެވަޑައި ނުގަންނަވާ އެއްވެސް ބޭފުޅަކު އޭގެތެރޭގައި ނެތެވެ. 

    އަބްދުއްރަހީމް އަބްދުއްލާ އަކީ މަޖިލީހުގެ ރައީސް ކަމަށް ކުފޫހަމަ ބޭފުޅެއް ނޫނޭ ބުނެފިނަމަ ގާސިމް އިބްރާހީމްވެސް މަޖިލީހުގެ ރައީސްކަން ކުރެއްވިޔޭ މީހަކު ބުނެފާނެއެވެ. އަދުރޭއާއި ގާސިމާ އަޅާކިޔޭނެ އެއްގޮތެއްވެސް ނުއޮންނާނެއެވެ. ގާސިމް އިބްރާހީމަކީ އަމިއްލަފުޅު ތަނަވަސްކަމާއި ގައުމީ ހިދުމަތާއި ސިޔާސީ ތަޖުރިބާގައި ދެވަނައެއް ނެތް ރާއްޖޭގެ ކިންގް މޭކަރއެވެ. ވިޔާފާރިއާއި ރަސްމީ މުއާމަލާތްތައް ކުރެއްވޭ ވަރަށް އިނގިރޭސި ބަސް ދެނެވަޑައި ގަންނަވާ ބޭފުޅެކެވެ. ބަރުލަމާނީ ހަޔާތުގައި އެތައް ދައުރެއްގެ މެންބަރުކަން ކުރައްވާ އައު ގާނޫނު އަސާސީ އަލިފުން ޔާއަށް ނިންމި ހާއްސަ މަޖިލީހުގެ ކުޅަދާނަ ރައީސެވެ. 

    މަޖިލީހުގައި އަބްދުއްރަހީ މީގެކުރިން އުޅުއްވާފައިވާ ހުތުރު ގޮތާއި ދޫނުބައިކަމާއި އަނގަ ހަޑިކަން އެހުރީ ރެކޯޑް ތަކުން ފެންނާށެވެ. ހުއްޓުމެއްނެތި މީސްމީޑިއާގައި އެހެރަ ދައުރުވަނީ އަބްދުއްރަހީމް އުޅުއްވި ހުތުރު މުޑުދާރު ގޮތެވެ. ދަރިކަލުން ފައިސަލްހެން ކޯޗެއް ހޯދައިގެން މަޖިލީސްގެ ރައީސް ދަސްކުރައްވަން އުޅުއްވަން ޖެހުމަކީ ވަކީން ކުޑަކަމެއް ނޫނެވެ. 

    މަޖިލީހުގެ ރައީސް ކަމަށް އަދުރޭ އިސްކުރުމުން އަލްއުސްތާޒު އަހުމަދު ކާމިލް ދީދީއާއި ޝައިހު މަލިން މޫސާ މާފަތްކަލޭފާނާއި ޝައިހު ޝާތިރާއި އޮނަރަބަލް އަހުމަދު ޒަކީއާއި އުސްތާޒު އިބްހީމް ޝީހާބަށްވެސް ހުތުރެވެ. މަޖިލީހުގެ ރައީސްކަން މީގެކުރިން ކުރައްވާފައިވާ އެއްވެސް ބޭފުޅެއްގެ ފަރާތްޕުޅުން މަޖިލީހުގެ ކަރާމާތް ގެއްލޭފަދަ މުޑުދާރު އެއްވެސް ކަމެއް މަޖިލީހުގެ ތެރޭގައި ފެނިފައެއް ނުވެއެވެ. އެކަމަކު އަދުރޭ ތަފާތެވެ. 

    ވަޒީފާގެ ނުފޫޒާއި ރިޝްވަތުގެ ކަޅުފައިސާ ބަހައިގެންވެސް ސްޕަރ ސްޕަރ މެޖޯރިޓީ ހޯދީމާ ވާނީ މެޖޯރިޓީ އޮތްކަމަށެވެ. އެގޮތަށް އިންތިހާބުވީ މެންބަރުންގެ ތެރޭގައި އިލްމާ ތަޖުރިބާއާއި ހުރި މީހުންވެސް އެބަތިއްބެވެ. އެމީހުން ތިއްބާ ރައީސް މުއިއްޒު ހުށަހަޅައިގެން އަދުރޭއަށް ރައީސް ކަމުގެ ކޯޓް ފަހާލުމުން ވާން މިއުޅެނީ ކީއްކަން އެގެއެވެ. މަޖިލީހުގެ ރައީސާ ނައިބުރައީސް ހޮވާލުމުގެ މިނިވަންކަންވެސް މެންބަރުންނަށް ނެތެވެ. ގާނޫނު ހެދުމާ ބަޖެޓް ފާސްކުރުމުގައި އިހުތިޔާރެއް މެންބަރުންނަށް ނުއޮންނާނެކަން މިހާ ހިސާބުންވެސް އެނގިގެން ހިގައްޖެއެވެ.

    މަޖިލީހުން ފާސްކުރާނީ މުއިއްޒު ބޭނުންވާ ގާނޫނެވެ. މުއިއްޒު ހުށަހަޅާހާ އެއްޗެއް ބަހުސެއް ނެތި ފާސްކޮށް ތައްގަޑު ޖަހަމުން ދާނެއެވެ. ރައްޔިތުންގެ ހައްގެއް ޑިމޮކްރަސީއެއް މޫނެއް ކަނދުރާއެއް އޭރަކުން ނުއޮންނާނެއެވެ. ހަމަތެދެކެވެ. ޑިކްޓޭޓަރ މުއިއްޒު ބޭނުންވާހާ ކަމަކަށް ގާނޫނީ ހަމައަޅުވާ ތައްގަޑު ޖަހާދޭން އޮތްތަނަކަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް ހަދާނިމުނީއެވެ. ޑިކްޓޭޓަރ މުއިއްޒުގެ ރަބަރުތައްގަޑަށް މަރުހަބާކިޔަމެވެ.   

    ]]>
    Tue, 28 May 2024 15:07:51 +0500 ނިއުސް ޑެސްކް
    ޝަހީދުވި ބޮސްނިއާ މުސްލިމުންގައިގާ މުއިއްޒު ޖެހީ ކޮޅުފައިން https://heerasnews.com/2493 https://heerasnews.com/2493 ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގައި 1995 ވަނައަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު 8،372 މުސްލިމުން މަރާލާފައިވެއެވެ. އަނިޔާވެރި ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާ ހިންގީ ބޮސްނިއާ ސާބަށް ނިސްބަތްވާ ހަތިޔާރު އެޅި ގްރޫޕަކުންނެވެ. 1992 ވަނަ އަހަރުއްސުރެ ފެށިގެން ހިނގަމުންއައި ބޮސްނިއާ ހަނގުރާމައިގެ ތެރޭގައި އެއްދުވަހު ހިންގާލި ލާއިންސާނީ އަމަލެކެވެ. 

    ބޮސްނިއާ ހަނގުރާމައަކީ ފަހަކަށްއައިސް ދުނިޔޭގައި އެތައް ހާސް މުސްލިމުން ޝަހީދުކޮށްލި ޝައިތާނީ ޖަރީމާއެކެވެ. ދިވެހިން އެކަން ހަނދާން ނެތޭހާ ދުވަހެއް އަދިނުވެއެވެ. އެދުވަސްވަރު މުޅި ރާއްޖެއޮތީ ބޮސްނިއާ މުސްލިމުންނާއެކުގައެވެ. ދިވެހިން ކައިބޮއެ އުޅުނީވެސް ބޮސްނިއާގެ މުސްލިމުންނަށް ދެވެން އޮތް އެއްޗެއް ދިނުމަށްފަހުއެވެ. ބޮސްނިއާއަށް އެހީވުމަށް ފައިސާ ހޯދަން މަހަށް ފަރަށް ދިޔުމާއި ފަންޑުފޮށިތައް ބަހައްޓައިގެން ފައިސާގެ އެހީވުމަކީ މެދުނުކެނޑި އެތައް ފަހަރެއްގެ މަތީން ކުރަމުން އައިކަންކަމެވެ. ކުޑައެއް ބޮޑެއް މޮޅެއް ދެރައެއް ބެލުމެއް ނެތިއެވެ. ހިތު ލޯބިންނެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވީ އޭރުގެ ރައީސް މައުމޫނެވެ.

    ރައްޔިތުންގެ ވިންދާ ސަރުކާރުގެ ވިންދު އޮތީ އެއްގޮތަކަށެވެ. ދުނިޔޭގެ ފެންވަރުގައި ރާއްޖޭން ކުރެވެން އޮތް އެއްވެސް ކަމެއް ނުކޮށް ދޫކޮށެއް ނުލައެވެ. ބަޔަކު ފިއްތަފާނެ ފިއްތުމަކަށް ހަދާފާނެ މޫނަކަށް ސަރުކާރަކުން ނުބަލައެވެ. މިއަދު އެހިއްވަރާ ފަންވަރު ރާއްޖެއަކުނެތެވެ. ދިނާއި ގައުމުގެ އަނދުން އަޅައިގެން ވެރިކަމަށް އައި މުއިއްޒުވެސް މިވީ އަގުޅިނެތް ކަންނޭލަކަށެވެ. އަނގަ ފިނދަކަށެވެ. 

    ދީނާއި މުސްލިމުންނަށް ނަސްރުދޭން ކުރަންޖެހޭ ކަމެއްކުރުމަށް ފަސްނުޖެހޭން ވައުދުވެގެން ވެރިކަމަށް އައި މުއިއްޒަށް މިހާތަނަށް ދިމާވިހާ އިސްލާމީ ޓެސްޓަކުން ވަނީ ފޭލިވެފައެވެ. ވެރިކަމަށް މިއުޅެނީ ރަނގަޅަށް ހަމަސް ނުފެރެއެވެ. ނުވަމަހާ ދިހަދުވަސް ނުވަނީސް ބައިގެން ނުދާ ވަރެއްނޫނެވެ. 

    ގުޖުރާތުގައި 2002 ވަނަ އަހަރު ހިނގި ހަމަނުޖެހުމުގައި މަރުވި 790 މުސްލިމުންގެ މަރުގެ ޒިންމާ އިންޑީއާގެ މިހާރުގެ ބޮޑުވަޒީރު މޯދީގެ ބޮލުގައި އަޅުވަމުން މުއިއްޒު ވެރިކަމަށް އައީ އިންޑިއާ ކުށްވެރި ކުރަމުންނެވެ. ވެރިކަމަށް އަރާ އިންޑިއާ އާއި ގާތްކަން ކަނޑާ އިސްލާމް ދީނަކީ ނަފްސާނީ ބައްޔެކަމަށް ބުނެ ޔޫގޫރުގެ މުސްލިމުންނަށް އަނިޔާވެރިވެ ރޯދަ ހިފުން މަނާކުރާ ޗައިނާގެ އުނގަށް ވެއްޓިގަތީއެވެ. ޔޫގޫރުގެ މުސްލިމުން ތިބީ އިންތިހާ ދަރަޖައިގެ ވޭނާ އަނިޔާގައި ދުނިޔަށް އެ މީހުންގެ ހާލު ހާމަ ނުކުރެވޭ ވަރަށް ބާކީކޮށް އެކަހެރިކޮށްފައެވެ. ފައިސާއާއި ބާރަށްޓަކާ މުއިއްޒަށް ޗައިނާއަށް ޗުއްޕުވެސް ބުނާނެ ހިތްވަރެއް ނެތެވެ.

    ފަލަސްތީނުގައި އިސްރޭލުން ހިންގާ ގަތުލު އާއްމު ކުށްވެރި ކުރަނީ ނަމެއްގައެވެ. އަނގައިން ބުނަނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ އެކުގައި ތިބިކަމަށެވެ. ރާއްޖޭގައި އިޒްރޭލުގެ މަސްލަހަތު ހުރި ވިޔަފާރިތައް ކުރުން ހުއްޓުވުމުގެ ހިތްވަރެއް ނެތެވެ. އިޒްރޭލް ޕާސްޕޯޓް މަނާކުރަން ރައްޔިތުން ގޮވާ މަޖިލީހުން ފާސްކޮށް ގަރާރު ފޮނުވުމުން ވެސް އިޒްރޭލު ޕާސްޕޯޓް މަނައެއް ނުކުރެވުނެވެ. 

    8،372 މުސްލިމުން މަރާލި ބޮސްނިއާ ގަތުލުއާއްމުގެ ދުވަސް ފާހަގަކުރަން އދ. އަށް ހުށަހެޅި ގަރާރަށް ރާއްޖޭން ވޯޓެއް ނުދެވުނެވެ. ވާނީ އެހެންތާއެވެ.  ޗައިނާއިން ވޯޓު ދިނީ އެ ގަރާރު ފާސް ކުރުމާ ދެކޮޅަށެވެ. ގަރާރަށް ރާއްޖޭން ވޯޓް ނުދިން ސަބަބު ހާމަކުރަން ގޮވިޔަސް ތެދުބަހުން އެވާހަކަ ބުނާނީ ކިހިނެއް ހެއްތެވެ. އޯއައިސީން އަމަލު ކުރިގޮތަށް ތަބާވީއޭ ކިޔައިގެން ބަހަނާ ދައްކަން ސަރުކާރުން ނުހަދާށެވެ. ޝަހީދުވި ބޮސްނިއާ މުސްލިމުންގައިގާ ރާއްޖޭން ކޮޅުފައިން ޖެހީ ނޫންކަމަކަށް އެކަމެއް ނުވާނެއެވެ. 

    ދީނާ ގައުމާއި އިންސާނިއްޔަތަށް ވުރެ ދުނިޔެއާއި މުދަލާއި ބާރު މުއިއްޒަށް މުހިންމުވީއެވެ. އިސްލާ މްދީނާއި މުސްލިމުންނަކީ މުއިއްޒުގެ ސިޔާސީ އައްޑަނައަށް ހަދައިގެން އުޅުނަސް ޗައިނާއަށް ވިކި އަޅުވެތި ވެފައި އޮތްވަރު ނޫންކަމެއް މި ފަހަރުވެސް މުއިއްޒަށް ސާބިތުކޮށެއް ނުދެވުނެވެ.

    ]]>
    Mon, 27 May 2024 18:01:13 +0500 ނިއުސް ޑެސްކް
    ދުނިޔޭގެ ކޯޓަށް އިސްރާއީލު ކިޔަމަނެއް ނުކުރެވުނު https://heerasnews.com/2492 https://heerasnews.com/2492 އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އަމުރުތަކަކީ، ގާނޫނީގޮތުން އެއަށް އަމަލުކުރަން ލާޒިމް އަމުރުތަކެކެވެ. އޭގެމައްޗަށް އިތުރު އަމުރެއް ނާންނާނެ ފަހުގެ ނިންމުމެވެ. އދގެ އެންގުން ތަކަށް އަމަލުނުކުރާ ޒަޔަނިސްޓު ޓެރެރިސްޓް އިސްރާއީލަށް އައިސީޖޭގެ އަމުރަކީވެސް އެއްވެސް އެއްޗަކަށް ނުވެއެވެ.

    ރަފަހަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ދުނިޔޭގެ ކޯޓުން އިޒްރޭލަށް އަމުރު ކުރިޔަސް އެކަމަށް އިޒުރޭލުން ބޮލެއް ނުލެނބިއެވެ. އަމުރުކުރިތާ 24 ގަޑިއިރު ވެގެން ދިޔައިރުވެސް އަޅާކަހަވެސް ނުލައެވެ. ދޭ ހަމަލާތައް އިތުރަށް ކުރީ ވަރުގަދައެވެ.

    އެއްގަމުން ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ރަފަހުގެ އެތައް މިތަނަށް އެއްވެސް ބެލުމެއްނެތި ދަނީ ބޮން އަޅަމުންނެވެ. އާންމުންގެ ގެދޮރާއި ޓެންޓްތަކާއި ހޮސްޕިޓަލްތަކާއި އާންމުންނާ ގުޅުންހުރި އެތައް ތަނަކަށެވެ. ފިސާރި ގަދައަށެވެ.

    ފުލުފުލުގައި އެތައް ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ. ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ. ގައްޒާގެ އެކި ހިސާބުތަކުން 80 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް ވަނީ ޝަހީދު ކޮށްފައެވެ. 8 ލައްކައަށްވުރެ ގިނަ މީހުން ރަފަހުން އެކަނިވެސް މިހާތަނަށް ގެދޮރުން ބޭރުކޮށް މަގުމަތިކޮށް ހާލުގައި ޖައްސައިފިއެވެ.

    އިންސާނީ އެހީ އެތެރެކުރުމަށް ފުރުސަތު ދޭން ބޯޑަރުތައް ހުޅުވަން ދުނިޔޭގެ ކޯޓުން ކުރި އަމުރަކަށްވެސް އިޒުރޭލު ކިޔަމަންނުވެ ދިނީ ބީރުކަންފަތެވެ. ރަފަހާއި މުޅި ގައްޒާއަށް އެއްވެސް އިންސާނީ އެހީއެއް އެތެރެނުކުރެވޭތާ ވިއްސަކަށް ދުވަސްވެއްޖެއެވެ.

    އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އަމުރަށް އިޒުރޭލު ބޯލެންބޭނީ އެހެން ގައުމުތަކުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި މަޖުބޫރުކޮށްގެންނެވެ. ފަލަސްތީނުގެ އިންސާނީ ހައްގުތަކުގެ ކަންކަން ބެލެހެއްޓުމަށް އދއިން ކަނޑައަޅާފައި ހުންނަ ސްޕެޝަލް ރަޕޯޓެއަރ ފްރަންޗެސްކާ އަލްބަނީޒީ ވަނީ އިސްރާއީލާ ދެކޮޅަށް ވަގުތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލަާފައެވެ. 

    އދ އިން ކަނޑައަޅާފައި ހުންނަ ސްޕެޝަލް ރަޕޯޓެއަރ ގޮވާލާފައިވަނީ  ދުނިޔޭގެ ކޯޓުގެ އަމުރަށް ބޯލަނބަންދެން އިސްރާއީލަށް ދަތިކޮށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށެވެ. އިސްރާއީލުގެ ޑިޕްލޮމެޓުންނާއި ބޭރުކުރުމާއި އިސްރާއީލާ އެއްކޮށް އޮންނަ ސިޔާސީ ގުޅުންތައް ސަސްޕެންޑް ކުރުމަށް އޭނާ ގޮވާލާފައިވެއެވެ.

    ސްޕެޝަލް ރަޕޯޓެއަރގެ ގޮވާލުމަށް އިޖާބަދީ ދުނިޔޭގެ ކޯޓް އަމުރު ތަންފީޒު ކުރުވުމުގެ ހިތްވަރު ބައިނަލްއަގުވާ މުޖުތަމައުގައި އެބަހުރި ހެއްޔެވެ. ރާއްޖޭންވެސް އެ އުޅެނީ އިޒްރޭލް ޕާސްޕޯޓް މަނާކޮށްލަން ނުކެރިގެންނެވެ.

    ]]>
    Mon, 27 May 2024 14:57:54 +0500 ނިއުސް ޑެސްކް
    އަދާލަތުން އުފަންކުޅަ ސަލަފީ ވެރިކަމުގައި ބަޅުވެސް ހުއްދަވީ!؟ https://heerasnews.com/2491 https://heerasnews.com/2491 ބަޅަކީ ބޮޑުވެގެންވާ ނަޖިހެކެވެ. މުސްލިމަކު ބަޅަކު ގެންގުޅުން އިސްލާމް ދީނުގައި ހުއްދަ ނޫންކަމަށް އިލްމުވެރިން އިއްތިފާގުވެއެވެ. ސަލާމަތީ ބޭނުމަށްޓަކައި ވަކި ހާލަތްތަކެއްގައި މުސްލިމް ދައުލަތްތަކުގައި ތަމްރީނު ކުރެވިފައިވާ ބަޅުން ގެންގުޅެއެވެ. އެހާލަތުގައިވެސް ބަޅުންގެ ހިދުމަތުގައި މުސްލިމުން އުޅުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް ގިނަ އިލްމުވެރިން އިއްތިފާގުވެއެވެ. ބަޅުންނަށް ހިދުމަތްކުރަން ގެންގުޅުން އެންމެ އައުލާކަން ބޮޑީ ގައިރު މުސްލިމުންނެވެ. 

    ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. ރާއްޖޭގެ ރަށްރަށުގެ ތޮބީއަތުގައި ބަޅުއޫރަކީ އުޅޭ އެއްޗެއް ނޫނެވެ. ސިންގާއާއި ހަރުފަ ފަދަ ނުރައްކާތެރި ޖަނަވާރު ފަދައިން ބަޅުއޫރަކީ ދިވެހި ވެށީގައި ގުދުރަތީ ގޮތުން ލައްވަވާފައިވާ އެއްޗެއްވެސް ނޫނެވެ. 

    ހާއްސަ ހުއްދައެއް ލިބިގެން ނޫން ގޮތަކަށް ރާއްޖެއަށް އެތެރެ ކޮށް ގެންގުޅުން މަނާ ތަކެތީގެ ތެރޭގައި ބަޅު ހިމެނެއެވެ. މަސްތުވާތަކެތި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ބޭނުމަށްޓަކައި ހާއްސަ ތަމްރީނު ތަކެއް ހަދާފައިވާ ކުއްތާ ވަކި އަދަދަކަށް ރާއްޖެއަށް އެތެރެކޮށް ގެންގުޅެން ސިފައިންގެ ހިދުމަތަށާއި ފުލުހުންގެ ހިދުމަތަށް ހާއްސަ ހުއްދައެއް ދީފައި އޮވެއެވެ. 

    ޕެޓްގެ ގޮތުގައިވެސް އެނޫން ގޮތެއްގައިވެސް ކުއްތާ (ބަޅު) ރާއްޖެ އެތެރެކޮށް ގެންގުޅުމަކަށް ހުއްދައެއް ނޫނެވެ. އެހެން ނަމަވެސް މިހާރު ފެންނަ މަންޒަރު ވަރަށް ތަފާތެވެ. 

    ރާއްޖޭގެ މީހުން އުޅޭ ރަށެއްގެ ފަޅަށް ވަނތް ސަތަރި ދޯންނަކުން އެރަށަށް ފޭބި މީހަކު އުރާލައިގެން ހުރީ ހެޔޮވަރުގެ ބޮޑު ބަޅެކެވެ. ކުއްތާއެކެވެ. އެމީހާ އެރަށަށް ފޭބުމާއެކު ވާޓަރާ އިންވެގެން އޮތް ތާރުމަގަށް އެ ބަޅު ދޫކޮށްލިއެވެ. ހަމަ ދޫކޮށްލުމާއެކު ހެޔޮވަރު ދުވެއްޔެއްގައި ދުވެލާފާ އެ ދިޔައީ ރަށު ތެރެއާއި ދިމާލަށެވެ. ކުޅިބަލަން ދިވެހިންގެ ބަޔަކު ތިއްބެވެ. އާސޯހުވެފައެވެ. ބަޅުފުޅައިން ދިވެހި އިސްލާމީ ފަސްގަޑެއް ނަޖިސްވަނީ ކަމެއް އެ މީހުންނަކަށް އިހުސާސެއް ނުވެއެވެ. 

    ހައިރާން ކުރުވަނި ކަމަކީ އެ މީހަކު އެ ބަޅަކު ގޮވައިގެން އެ ރަށަކާ ހަމައަށް އައީ ކިހިނެއް ހެއްޔެވެ. ސިފައިންނާ ފުލުހުން ކޮބައި ހެއްޔެވެ. ކަމަކީ އެއްވެސް ކަމަކަށް ނުވާ އާދައިގެ ކަމަކީ ހެއްޔެވެ. އަދާލަތުން އުފަންކުޅަ ސަލަފީ ވެރިކަމެއްގައި ބަޅުވެސް ހުއްދަވީ ހެއްޔެވެ.

    ދީނައިގެން ދެފައިކައިރި ނުވެގެންއުޅޭ ސަލަފީ ޝޭހުންތަކާއި ސޫފީންތައް ކޮބައިހެއްޔެވެ. ހިޖުރައިގެ ރޭ ރަސޫލާގެ ގަނޑުވަރު ވަށަލާފައި ތިބި މުޝްރިކުން ނިދާ ހަރުދަނޑިވީ ގޮތަށް މުއިއްޒުގެ ވެރިކަމާއެކު ޝޭހުންގަޑު ނިދާ ހަރުދަނޑިވީ ހެއްޔެވެ. އެމްޑީޕީ ވެރިކަމެއް ނަމަ ޝޭހުންގަޑު ނިކުމެ ނޮޅާ ކޭހެވެ. ދިވެހީންގެރާއްޖޭއަކީ ބަޅުންނަށް ވެސް މިނިވަންކާމާއެކު އުޅޭނެ ގޮތަކަށް އުޅެން އޮތް ރާއްޖެއަކީތާއެވެ.  

    ]]>
    Sun, 26 May 2024 19:50:51 +0500 ނިއުސް ޑެސްކް
    ގައުމިއްޔަތު ދިރާސާކުރާ ކަރުދާހު މަރުކަޒު https://heerasnews.com/2490 https://heerasnews.com/2490 ފޭކެއް ސޭކެއް ވަތްކެއް ނުވެއެވެ. ނޭދޭ ގޮތަށް ދެއްކެވޭ ކޮންމެ ވާހަކައަކީ ފޭކެކެވެ. ށަވިޔަނިސް ފޭކެވެ. ޅެން ކްލިނިކް ވެސް ފޭކެވެ. ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފެއްދި އުފެއްދުން އަދި މާ ފޭކެވެ. ކުރާކަންކަމާ ދައްކާ ވާހަކައިން ވަޒީރަކީ ސޭކެކޭ ކުދިވެރިން ނުކިޔާ ވަރެއް ނޫނެވެ.

    އުފެއްދި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަކީ ކަރުދާހު މަރުކަޒެކެވެ. ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފެއްދިކަމަށް ބުނި ދުވަހު މުއިއްޒު ބުނި ބުނުން ފިޔަވާ ތަރިކަ މަރުކަޒެއް އުފެއްދިކަން ދެނަހުރި މީހަކު ގައުމިއްޔަތު ވުޒާރާގައިވެސް ނެތެވެ.   

    ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމެއްގެ ތެރެއިން އުފެއްދި ތަނެއް ކަމަށް އުފެއްދި ކަމަށް ބުނި ދުވަހު މުއިއްޒު ބުންޏެވެ. ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ދިވެހިބަހާއި ތާރީހާއި ސަގާފަތާއި ތަރިކައާއި އާދަކާދަ ދިރާސާ ކުރާނެ ކަމަށް އެ ދުވަހު މުއިއްޒު ބުންޏެވެ. ގައުމީ އަރުޝީފަކާއި ގައުމީ ދާރުލްއާސާރަކާއި ބަހުގެ އެކަޑަމީއެއް އޮތްއިރު އަނެއްކާ ކޮން ދިރާސާ މަރުކަޒެއް ހަދާކަށް ހެއްޔެވެ. 

    އިލްމީ ދިރާސާތައް ހަދަން ގައުމީ މަރުކަޒެއް ނުހެއްޖަސް ބޮޑުސިންގާ ގައުމީ ދެ ޔުނިވާރސިޓީ ރާއްޖޭގައި އެބަހުއްޓެވެ. މޭންޑޭޓްގައި ނެތިއްޔާ އެތަންތާނގެ މޭންޑޭޓަކަށް ހައްދައިގެންވެސް އިލްމީ ދިރާސާތައް ކުރުވަން ޖެހޭނީ ޔުނިވާރސިޓީތަކާއި ކޮލެޖުތަކުންނެވެ. ގައުމިއްޔަތު މިނިސްޓްރީގައި އުފައްދާ މަރުކަޒަކުން ނޫނެވެ.

    ދުވަސްކޮޅަކު ދިވެހި މުދައްރިސްކަން ކޮށްލާ ވަޒަން ހަމަކޮށް ރީތިކޮށް ޅެންހަދަން އެނގުމުން ގައުމިއްޔަތު މިނިސްޓަރރު ކަމަށް މީހެއްގެ ކުފޫ ހަމަކަމަށް ހީވެ ވަޒީރުކަން ދިނީމާ ނުވެ ނުދާނެ ގޮތް މިވަނީއެވެ. ކޮލެޖު ހިންގާން ޖެހޭނީ ގައުމިއްޔަތު ވުޒާރާއިންނެވެ. ދިރާސާ މަރުކަޒާއި ޗާާޕްހަނާވެސް ހިންގަން ޖެހޭނީ ގައުމިއްޔަތު މިނިސްޓްރީންނެވެ. މާލޫދު ޕާޓީއަކާއި ލަވަޕާޓީއެއް ނުހަދާ ސަލާމަތް ވާނެއެކޭ ހިތެއް ނުބުނެއެވެ.     

    އަޖައިބެކެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިހާބުވާ ސަރުކާރެއްގެ ވުޒާރާއަކުން އުފަންކޮށް ދިރުވާ އާލާކުރެވޭނީ ކޮން ގައުމިއްޔަތުގެ އިލްމެއް ހެއްޔެވެ. ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ ހަގީގީ ނިޔަތެއް އޮތްނަމަ ސަރުކާރުން އެކަން ކުރާނީ ޔުނިވާރސިޓީތައް މެދުވެރިކޮށެވެ. 

    ވުޒާރާއެއްގެ ބޭނުމަކީ ސިޔާސަތުތައް ކަނޑައަޅައިގެން ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް ތަންފީޒު ކުރުވުމެވެ. ކޮންމެ ކަމަކަށް ވުޒާރާގެ ދަށުން އިދާރާއެއް ހަދައިގެން ރަނބަ ގިރުވުމެއް ނޫނެވެ. ގައުމީ އަރުޝީފާއި ގައުމީ ދާރުލް އާސާރާއި ގައުމީ ބަހުގެ އެކަޑަމީއާއި ގައުމީ ކުތުބުހާނާއާއި ގައުމީ ޕާފޯމިންގ އާރޓްސް ސެންޓަރާއި ގައުމީ ޔުނިވަރސިޓީއާއި މިހުރީ ހައްތަހާވެސް ތަންތަނެވެ.

    ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަކީ ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމުގެ މަސައްކަތް ކުރުމުގެ ބޭނުމުގައި އުފެއްދި ތަނެއް ކަމަށް ބުނި އިރު ސިވިލް ސާރވިސް އޮނިގަޑުތެރެއަކު އެތަނެއް އަދިނެތެވެ. އެ މަރުކަޒެއް ހުންނަ ތަނެއް ކުރާކަމެއް އެނގޭ މީހަކު ނެތެވެ. ކުޑަމިނުން މުއައްޒަފުން ވެސް ތިބި ކަމަކަށް ނުވެއެވެ. އުފެއްދި ފަހުން ހަތަރުމަސް ވީއެވެ. އެ މަރުކަޒަކުން ކުރިކަމެއް ކުރާކަމެއް 6 މަހުގެ ކާމިޔާބީގައި ވަޒީރަށް ބުނެ ނުލެވުނީ ކަމެއް ނުކުރެވޭތީއެވެ. 

    ]]>
    Sun, 26 May 2024 15:56:52 +0500 ނިއުސް ޑެސްކް
    3 އަހަރުނުވާ 55 މިލިޔަން ޑޮލަރުގެ ސީޕްލޭން ޓާމިނަލް ކަބަޑަށް https://heerasnews.com/2489 https://heerasnews.com/2489 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް 3 އަހަރު ހަމަނުވާ އައު ސީޕްލޭން ޓާރމިނަލް ކުރަން ނިންމި ނިންމުމަކީ ބޮޑު ހިޔާނާތެކެވެ. ރާއްޖޭގެ ކަނޑުގެ ކުލަތައް ރަމްޒު ކޮށްދޭހެން ފަތުރުވެރިންގެ ހިތްތައް ދަމައިގަންނަ ގޮތަށް ތައްޔާރުކޮށް ނޫވިލު ނަމުގައި 2022 ވަހަރު ހުޅުވި ސީޕްލޭން ޓާރމިނަލް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓަށް ބަދަލު ކުރަން ނިންމި ނިންމުމަކީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކެވެ. 

    ނޫވިލު ސީޕްލޭން ޓާރމިނަލުން ދުވާލަކު ފަސްހާހަށް ވުރެ ގިނަ ފަތުރުވެރިން ހިދުމަތް ހޯދައެވެ. 500 އަށް ވުރެ ގިނަ ސީޕްލައިން ދަތުރު އެ ޓާރމިނަލުން ކޮންމެ ދުވަހަކު ހިންގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް އަންނަ ފަތުރުވެރިންގެ ގިނަ ބަޔަކު ސިޕްލައިންގައި އެ މީހުންގެ މަންޒިލަށް ދަތުރުރު ފަށަނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާ އެއްގަމު މަގުން ގުޅިފައި އޮންނަ ނޫވިލު ސީޕްލޭން ޓާރމިނަލުންނެވެ. އެނބުރި ދިއުމަށްވެސް ބޭނުން ކުރަނީ އެ މަގެވެ. 

    ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާ އެއްގަމު މަގުން ގުޅިފައި އޮތް ނޫވިލު ސީޕްލޭން ޓާރމިނަލްގެ ބަދަލުގައި ފުލް މޫން ރިސޯޓަށް ސީޕްލޭން ބަދަލު ކުރުމަކީ ފަތުރުވެރިންނަށް ޖެއްސޭނެ އިތުރު ތަކުލީފެކެވެ. ކިތަންމެ ގާތް ނަމަވެސް ލޯންޗު ފަހަރުގައި އެއާރޕޯޓުން ސީޕްލޭން ޓާމިނަލަށް ދާން ޖެހިއްޖެނަމަ އެއީ ފަތުރުވެރިންނަށް ކުރެވޭ ގޯނާއެކެވެ. ދިގު ދަތުރަކަށް ފަހު މަންޒިލަށް ދިޔުމަށްޓަކާ ސީޕްލޭން ޓާރމިނަލަށް ދިޔުމަށް ކަނޑު އުޅަދެއް ބޭނުންކުރަން ޖެހުމަކީ ތަކުލީފަކަށް ނޫނީ ފަތުރުވެރިންނަށް ނުވާނެއެވެ. އަމްދުން ކުޑަކޮށްވެސް މޫސުން ގޯސްނަމަ އެކަމަކީ ވާނީ އަނިޔާއަކަށެވެ. 

    އެއްގަމު މަގުން ދެޓާރމިނަލް ގުޅާލުމަކީވެސް ހަރަދު ބޮޑު އުނދަގޫ ކަމަކަށް ނޫނީ ނުވާނެއެވެ. ބޮޑު ހަރަދެއް ކޮށްގެން ހަދާނިންމާ ރަގަޅަށް އޮޕަރޭޝަނުގައި އޮތް ސީޕްލޭން ޓާރމިނަލެއް އެހެންތާކަށް ބަދަލު ކުރުމުގެ ކުރީން ކުރަންހުރި ކަންކަން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައިވެސް މާގިނައެވެ. 

    ހިނގަ ހިނގާ އޮތް ރިސޯޓެއް ހުއްޓުވާލާ އެތަނަށް ސީޕްލޭން ޓާރމިނަލް ބަދަލު ކުރުމަކީ ވަކީން ބޮޑު ގެއްލުމެކެވެ. ރިސޯޓް ހުއްޓުވާނުލާ އެމީހުންގެ އިހުތިސާސުން ބައެއް ދަމައިގަތުމަކީ ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އިންތިހާ ދަރަޖައިގެ ގެއްލުން ބޮޑު ކަމަކަށް ނޫނީ އެކަންވެސް ނުވާނެއެވެ. 

    ވަކީ ޖެޓް ޓާރމިނަލެއް ނެތުމަކީ ސީޕްލޭން ޓާރމިނަލް އުފުރާލަން ޖެހޭކަމެއް ނޫނެވެ. ހުޅުލޭ ފަޅަކީ ހިއްކައިގެން ޖެޓް ޓާރމިނަލެއް ނޭޅޭވަރުގެ ތަނެއް ނޫނެވެ. ޖެޓްތައް ޕާކްކުރާނެ ޖާގަ ނުހޯދޭ ވަރުގެ ތަނެއްވެސް ނޫނެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި އިންޓަރނޭޝަނަލް އެއަރޕޯޓްތައް ހެދުމަށް އަމާޒު ހިފާފައި ހުރި ވަރަށް ބަލާއިރު ރާއްޖެއަންނަހާ ޖެޓެއް ހުޅުލޭގައި ޕާކްކުރުވުމަށް ފޫގަޅާކަށްވެސް ނުޖެހެއެވެ. އެ ތަންތާނގައި ޖެޓްތައް ޕާކްކުރަން ޖާގަ ނުއުފެއްދޭނީ ހެއްޔެވެ.   

    ތަރައްގީވެ ކުރިއަރަމުން އަންނަ ގައުމުތަކުގައި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ނުހުއްޓޭނެކަމަށް ބުނެ ކުރެވިފައި ހުންނަ ރަނގަޅު ކަންކަން ތަޅާ ބިމާ ހަމަކުރާކަށް ނުޖެހެއެވެ. މާސްޓަރ ޕްލޭނެއް 100 އަހަރަށް ހެދިޔަސް ކޮށްނިމިފައި ހުންނަ ކަންކަން ވުޖޫދުން ފުހެނުލާ އެއާއެކުގައި ތަރައްގީގެ ޕްލޭނު ރާވަން ނޭނގެންޏާ ޕްލޭން ކުރުމުގެ ބޭނުމެއް ނެތެވެ. ތުރާކުނު ސައީދު އިސްވެހުރެ ދައުލަތުން ބޮޑެތި އިސްރާފުތައް ކުރަން އުޅޭނެކަމެއް ނެތެވެ.

    ]]>
    Sat, 25 May 2024 20:15:00 +0500 ނިއުސް ޑެސްކް
    އައިސީޖޭގެ އަމުރަށްފަހު ހަމަލާތައް ވަނީ ހައްތަހާ ވަރުގަދަ https://heerasnews.com/2488 https://heerasnews.com/2488 ފަލަސްތީނުގެ ރަފާހަށް ދޭ ހަމަލާ ވަގުތުން ހުއްޓުވުމަށް އައިސީޖޭން ނެރުނު އަމުރަކީ ދޮގެއް ކަމަށާއި ގައްޒާގައި ނަސްލު ނައްތާލުމުގެ ގޮތުން ހިންގާ އުދުވާނުގެ ތުހުމަތުތަކަކީ "ދޮގު" ކަމަށް އިޒްރޭލުން ބުނެފިއެވެ.

    އދ އިން ކަނޑައަޅާފައިވާ ކުއްލި އެހީގެ ވެރިޔާ ވިދާޅުވާ ގޮތުގައި އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ބަސްތަކުން ކިޔާދޭންވެސް ނޭނގޭހާ ބޮޑު މުސީބާތެއް ކަމަށާއި، މި ބިރުވެރި ހުވަފެން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ.

    އިޒްރޭލުގެ ޓޭންކްތަކާއި ސިފައިން ރަފާގެ އިރުދެކުނަށް ގޮސް އެ ސިޓީގެ އެންމެ އާބާދީ ބޮޑު ހިސާބު ކަމުގައިވާ ހުޅަނގު ޑިސްޓްރިކްޓާ ދިމާއަށް ދަތުރު ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

    ގައްޒާގައި ބަނޑުހައިހޫނުކަން އިންތިހާއަށް ފެތުރެމުންދާއިރު އިޒްރޭލުގެ ސިފައިން ރަފާހްގެ މަގުތައް ބަންދުކުރުމުގެ ސަބަބުން އެހީގެ ޓްރަކްތަކަށް ވަނީ އެހީ ފޯރުކޮށްދިނުމަށް ނުކުޅެދިފައެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ނަސްލެއް ނައްތާލުމުގެ ނިޔަތުގައި ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 35،857 މީހުން ޝަހީދުވެ، 80،293 މީހުން ޒަހަމްވެފައިވެއެވެ.

    ]]>
    Sat, 25 May 2024 16:01:39 +0500 ނިއުސް ޑެސްކް
    ރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ތިބިކަމަކަށް ނަރީޝަކަށްނުވޭ! https://heerasnews.com/2486 https://heerasnews.com/2486 ބޭރު މީހުންގެ ބަދަލުގައި ދިވެހި މަސައްކަތްތެރިން ވަޒީފާތަކަށް ނެގުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ސިޓީ ކައުންސިލްގެ މަސައްކަތަށް ބޭނުންވާ ސްކިލްޑް މީހުން ހޯދުމަށް އިއުލާނުކުރި ނަމަވެސް ސްކިލްޑް ދިވެހިންނަށް މާލެ ސިޓީ ކައުންސިލުގައި ކުރިއްސުރެ ފުރުސަތެއް ނޯވެއެވެ. 

    ދުވަހުން ދުވަހަށް މާލެ ސިޓީގައި ކުރިއަށް ގެންދާ މަސައްކަތްތައް ކުރުމުގައި އެންމެ ބޮޑަށް ބޭނުން ހިފަނީ ބިދޭސީ މުއައްޒަފުން ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވުމުން އެކަން ވަރަށް ބޮޑަށް ސާފުވެގެން ދެއެވެ. ނަރީޝް ވިދާޅުވާ ގޮތުން މާލެ ސިޓީ ކައުންސިލްގައި ގިނަ އަދަދަކަށް ތިބީ ބިދޭސީ މުއައްޒަފުންނެވެ. އޭގެތެރޭގައި ގިނައީ ގިނަ ދުވަސްތަކެއް ވަންދެން ކައުންސިލުގެ ހިދމަތުގައި އުޅެފައި ތިބި މީހުންނެވެ.  

    ސިޓީ ކައުންސިލްގައި ތިބި ބިދޭސީ މުއްޒަފުންތެރޭގައި މަސައްކަތްކުރެވޭ ވަރަށްވުރެ ސިއްހީ ހާލަތު ގޯސް މީހުން ތިބިކަމަށްވެސް ނަރީޝް ފާހަގަކުރައްވައެވެ. އެކަމަކު ސިއްހީ ހާލަތު ކިތަންމެ ގޯހަސް އެމީހުން ވަޒީފާއިން ވަކިކޮށް އަމިއްލަ ގައުމުތަކަށް ފޮނުވާލާ އޭގެ ބަދަލުގައި ކައުންސިލަށް އިތުރު ބަޔަކު ވަޒީފާއަށް ނެގެން ނެތްކަމަށް ނަރީޝް ވިދާޅުވެއެވެ.

    ބިދޭސީ މީހުން ގެންގުޅުމުގެ ބަހަނާއަކަށް ދައްކަނީ ސްކިލްޑް ދިވެހިން ނުލިބުމުގެ ވާހަކައެވެ. މަސައްކަތު މީހުންގެ ގޮތުގައި ދިވެހިން ބަރާބަރަށް ލިބޭކަމަށް ނަރީޝް ވިދާޅުވެއެވެ. ނުލިބޭކަމަށްވަނީ ވެލްޑުކުރުމާއި ބާރބެންޑުކުރުން ފަދަ ޓެކްނިކަލް މަސައްކަތްތައް އެނގޭ ސްކިލްޑް ދިވެހިންނެވެ.

    ބަލިހާލު ބޮޑުވެ ވަޒީފާގެ ޒިންމާ އަދާނުކުރެވުނަސް ބިދޭސީ މީހާ ފޮނުވާނުލެވޭ ވަރަށް މާލެ ސިޓީ ކައުންސިލް ބިދޭސީ މުއައްޒަފުންގެ އަތްދަށު ވީމާ ސްކިލްޑް ދިވެހިން ލިބޭކަމަކަށް ނުވާނެއެވެ. އުޅެވޭ ވަރު މުސާރައެއް ދީގެން ސްކިލްޑް ދިވެއްސަކު ނުހޯދޭނެއެވެ. ނަރީޝްގެ ވާހަކަފުޅުތަކުން އެނގިގެން ދަނީ މާލެ ސިޓީ ކައުންސިލްގެ ކަންކަމުގެ މައްޗަށް ބިދޭސީން އަތްގަދަކޮށްފައި ވާވަރެވެ. ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ ކަށަވަރުކޮށްދޭ އައްޑާއަކަށް މާލެ ސިޓީ ކައުންސިލް ހަދާފައިވާކަމެވެ. މާލެ ސިޓީ ކައުންސިލްގެ މެނޭޖުމަންޓް ބިދޭސީ މުއައްޒަފުންގެ މުށުތެރޭގައި ތަށިވެފައި އޮތް މިންވަރެވެ. 

    ސިޓީ ކައުންސިލްގެ މުއައްޒަފުންނާ ގުޅޭކަންކަން ބިދޭސީންގެ ބާރުގެ ދަށުގައި އޮތް ކަމަށް ހެކިލިބެނީ ނަރީޝްމެން ދައްކަވާ ވާހަކައިންނެވެ. މިހާރު ކައުންސިލުގައި ތިބި ސިއްހީ ހާލަތު ގޯސް ބިދޭސީ މުއައްޒަފުން ފޮނުވާލުމުން އެހެން ބަޔަކު ގެނައުމަށް ޖާގަ ލިބިގެން ދާނެ ނަމަވެސް ބިދޭސީ އެހެން ބަޔަކު ވަޒީފާއަށް ނެގޭނީި ދިވެހިން ވަޒީފާއަށް ނެގުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސްގެން ކަމަށް ނަރީޝް ވިދާޅުވުމުންނެވެ. ސިއްހީ ހާލަތު ކިތަންމެ ގޯހަސް ވަޒީފާ ޒިންމާ އަދާ ނުކުރެވުނަސް އެއިން މީހަކު ބޭރުކޮށް ލުމުގެ ހިތްވަރު މާލެ ސިޓީ ކައުންސިލްގައި ހުރި ކަމަކަށް ނުވެއެވެ.

    ނަރީޝް ވެސް ބޭނުންފުޅު ވަނީ ދިވެހިން ވަޒީފާއަށް ނިންމި ނިންމުން ބަދަލުކޮށް ބިދޭސީންނަށް ޖާގަދޭށެވެ. ސްކިލްޑް ދިވެހިން ހޯދައިގެން އެމީހުނަށް ވަޒީފާ ދީގެން ގެންގުޅޭކަށް ނޫނެވެ. ވަޒީފާއަށް ބިދޭސީން އެތެރެކޮށްގެން ހިންގާ ވަގުފާރި ފުޅާކޮށް ސިޓީ ކައުންސިލަކީ ވަގުފާރީގެ ހަބެއްގެ ގޮތުގައި ބާއްވައިގެން ކޮރަޕްޝަން ހިންގާށެވެ.  

    ]]>
    Sat, 25 May 2024 15:45:00 +0500 ނިއުސް ޑެސްކް
    ސްކޫލް ދަންފަޅި ކުރުކޮށްގެން މޫސުމާ ރޯގާ ރަގަޅުކުރުން! https://heerasnews.com/2487 https://heerasnews.com/2487 މާދަމާ ސްކޫލްތައް ހުޅުވެނީއެވެ. މޫސުން ގޯހެވެ. ބަލިތައް ގިނައެވެ. ކަމުގެ ހައްލަކަށް ސަރުކާރަށް ފެނުނީ ދުވަސްކޮޅަކަށް ދެތިންގަޑިއިރަށް ދަންފަޅި ކުރުކޮށް ލުމަށެވެ. 

    ދެތިން ގަޑިއިރަށް ދަންފަޅި ކުރުމުން މޫސުން ރަނގަޅުވޭ ހެއްޔެވެ. ގަދަވަޔާއި ވިއްސާރާއިގައި ކުދިން ސްކޫލަށް ނުގޮސް ފަރުޖެހޭ ހެއްޔެވެ. ވިއްސާރަ ވީވަރަކަށް ދަންފަޅި ކުރުކޮށްފާ އަވިބާރު ވީވަރަކަށް ދަންފަޅި ދިގުކޮށްލާނީ ތާއެވެ. ދަންފަޅި ކުރުވުމަކުން ދިގުވުމަކުން މޫސުމަށް އަންނާނެ ބަދަލެއް ނޯންނާނެއެވެ. 

    ދިރާސީ އައު އަހަރު ސްކޫލު ފެށެން ވާއިރަށް ކުރިޔާލާ މުދައްރިސުން ސްކޫލަށް ނިކުމެ ރަސްމީ ދަންފަޅިއާއި އެއްގޮތަށް ކަންކަން ތަރުތީބުކޮށް ވަނީ ތައްޔާރުވެފައެވެ. ރަސްމީ ދަންފަޅިއާއި އެއްގޮތަށް ތަރުތީބުކޮށް ތައްޔާރުވީ ފަހުން ކުއްލިޔަކަށް ދެގަޑި ތިންގަޑިއިރަށް ދަންފަޅި ކުރުކޮށްލަން އެންގުމުން ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން އެތިބީ ގޮތްހުސްވެ ހިރިލަން ނޭނގި ގަޑުވެފައެވެ. ކުރިހާ މަސައްކަތް ކުއްލިއަކަށް ނިއުޅާލަން ޖެހުމުން ރަތަށް އަރާފައެވެ. 

    މޫސުމޭ ކިޔައިގެން ކުއްލިއަކަށް ދަންފަޅި ކުރުކޮށްލުމުން އެކަމުން މޫސުމަށް އަންނަ ބަދަލެއް ނޯވެއެވެ. ގަދަވަޔާއި ވިއްސާރާގައި ކުދިންނާއި މުދައްރިސުން ސްކޫލަށް ދާން ނުޖެހިއެއް ނުދެއެވެ. ކަނޑުފަތާފައިވެސް ތިބިތާކުން ސްކޫލަށް ހާޒިރުވާން ޖެހެއެވެ. ހިސާބަށްވުރެ މޫސުން ގޯސްވީމާ މީގެކުރިން ހަދާގޮތަކީ ސްކޫލުގެ ކިޔެވުން ނުބޭއްވުމެވެ. ގެއްލޭދުވަސް ހަފްތާ ބަންދު ދުވަސްތަކުން ދުވަހެއްގައި ކިޔަވައިދީގެން ހަމަކޮށްލަނީއެވެ.

    ރޯގާ މޮޅުވުމަކީ ވެސް ސްކޫލުތަކުގެ ސެޝަން ކުރުކޮށްލުމުގެ ސަބަބަކަށް އެބަބުނެއެވެ. ދެގަޑި ތިންގަޑިއިރަށް ވިޔަސް ކުދިން ސުކޫލަށް ދިޔުމަކީ ގައިންގަޔަށް އަރާ ރޯގާއެއް ފެތުރުން ހުއްޓޭ ކަމެއް ނޫނެވެ. ކިތަންމެ ކުޑަވަގުތު ކޮޅަކަށްވެސް ގިނަކުދިންތަކެއް އެއްތަންވެ އުޅެންޏާ ޑެންގޫއާއި ޗިކަންގުންޔާ ފަދަ ރޯގާތައް ގައިންގަޔަށް އެރުމެއް ނުހުއްޓުވެއެވެ. ކިޔަވާދޭ ދަންފަޅި ކުރުކޮށްގެން ރޯގާ މޮޅު ދުވަސްވަރެއްގައި ރޯގާ ޖެހުމެއް ނުހުއްޓުވެއެވެ. އިތުރަށް ފެތުރުން ނޫން ކަމެއް ނުވެއެވެ. 

    ސްކޫލްތައް ފެށެނީ ރޯގާ މޮޅު ދުވަސްވަރެއްގައި ނަމަ ރައްކާތެރި ވުމަށް ކުރިޔާލާ ކުރަންޖެހޭ ކަންކަން ނުކޮށްތިބެފާ ކުއްލިޔަކަށް ސެޝަން ކުރުކޮށްލުމަކީ ހައްލެއް ނޫނެވެ. ޑެންގޫ ފަދަ ނުރައްކާތެރި ބަލިތައް އުޅޭ ދުވަސްވަރެއްގައި ރައްކާތެރިވުމުގެ ގޮތުން ސްކޫލްތައް ފޮގްކުރުމާއި މަދިރި އުފެދޭތަންތަން ނައްތާލުމާއި އެނޫންވެސް ރައްކާތެރި ކަމުގެ ގޮތުން ސްކޫލުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ދެތިން ގަޑިއިރަށް ދަންފަޅި ކުރު ކުރުމުން ރޯގާފެތުރުން ހުއްޓުމުގެ ބަދަލުގައި ފެތުރުންވާނީ އިތުރެވެ. 

    ]]>
    Sat, 25 May 2024 15:19:09 +0500 ނިއުސް ޑެސްކް
    ށަވިޔަންޏަށް ބަސްހަދަން ނޫޅެ ކަރާފަޅަން ދަޑަށްދޭ! https://heerasnews.com/2485 https://heerasnews.com/2485 ށ އިން ފަށަން ދިވެހިއްޔަތު މިނިސްޓަރު އުފައްދަނީ ކޮން މޮޑެލެއްގެ 5 ބަހެއް ހެއްޔެވެ. ށ އިން ބަސްތައް ފެށީމާ ހއ އާއި ހދ އަތޮޅު ރަށް ރަށަށް އޮތީ ކޮންގޮތެއް ހެއްޔެވެ. ހއ. އާއި ހދ އަށް ވެސް ބަސްތައް ދަނީ ށަވިޔަނިން ފަށައިގެން ހެއްޔެވެ. 

    ށަވިޔަނިން ފެށޭ އެންމެ ފަސް ބަސް ފަސް އަހަރުން އުފައްދަނީ ލައްކަ އުދަނގޫ އުފެއްދުމަކަށް ވާތީތާއެވެ. ފަސް އަހަރުން އުފެއްދޭ ކަމަށް މިވަނީ އެންމެ ފަސް ބަހެވެ. 

    ށަވިޔަނިން ފަށައިގެން މުޅި ރާއްޖެއަށް ދަތުރުކުރަން އުފައްދާ ފަސް ބަހަކީ ބިމާއި ކަނޑާއި ވައިގާ ދަތުރުކުރެވޭ ގޮތަށް އުފައްދާ ފަސް ބަހަކީ ތާއެވެ. ގިނަ ބަސްތަކެއް އުފައްދަން އެހެންވީމާ އުނދަގޫ ވާނެތާއެވެ. އަހަރަކު ބަހެއް އުފެއްދޭކަން ވެސް ރަނގަޅެވެ. 

    އަންތަރީސް ވާވަރުގެ ކަމެކެވެ. ދިވެހި ރާއްޖޭގައި ދިވެހި ބަހުން ވާހަކަ ދައްކާ ލިޔެ އުޅޭތާ އެތައް ސަތޭކަ އަހަރު ވެއްޖެއެވެ. ށަވިޔަނިން ފެށޭ ލަފުޒެއް ނެތިގެން ދައްކަންޖެހޭ ވާހަކައެއް ނުދެއްކިގެން އުޅުނު ޒަމާނެއް މާޒީވެ ނުދެއެވެ. މިހާރަކު ވެސް އެކަން ބޮޑުވެގެން ދިވެހިއްޔަތު ވަޒީރު ނޫނީ ނޫޅެއެވެ.

    ށަވިޔަންޏަކީ ދިވެހި ބަހުގައި ހާއްސަ ސިފައެއް ލިބިގެންވާ އަކުރެކެވެ. އާއެކެވެ. ށަވިޔަންޏަކީ ދިވެހިބަހުގައިވާ ތަފާތު ހާއްސަކަމެއް ދައްކާދޭ ހާއްސަ އަޑަކާއި އަކުރެކެވެ. ށަވިޔަނިން ފެށޭ ލަފުޒެއް ނެތި ލިޔުމާއި ވާހަކަ ދެއްކުމުގައި ށ ގެ އަޑު އޮންނަ އޮތުމަކީ ދިވެހި ބަހުގައި އޮތް ހާއްސަ ސިފައެކެވެ. ބަހެއްގައި އޮންނަ ކޮންމެ އަކުރަކުން ނުވަތަ އަޑަކުން ފެށޭ ބަހެއް އޮތުން ލާޒިމު ވުމަކީ ބަހަވީ ހަމައެއް ނޫނެވެ. ށަވިޔަނިން ފެށޭ ލަފުޒެއް ނެތުމަކީ ދިވެހިބަހުގެ އުނިކަމެއް ފަގީރު ކަމެއް ނޫނެވެ. އެހެނެއް ކަމަކު އެއީ ދިވެހިބަހުގެ ފުރިހަމަކަމެވެ. މޮޅުކަމެވެ. 

    މޮޅުކަން ދައްކަން އައުކަމެއް ކޮށްނުލެވުނިއްޔާ އާދަން ނަސީރާއި މުއިއްޒުގެ މޮޅުކަމެއް ނެތްކަމަށް ގަބޫލު ކުރެވެނީ ތާއެވެ. ދިވެހިބަސް ލާފުރާ ފުރިހަމަ ވާނީ ށަވިޔަނިން ފެށޭ ފަސް ބަހެއް ހެދުނީމާ ހެއްޔެވެ. ށަވިޔަނިން ފެށޭ ފަސް ލަފުޒެއް ހެދުން ނޫނީ ދިވެހިބަސް ކުރިއަރުވަން ކުރަން ހުރި ހުރިހާ ކަމެއް ކޮށް ނިމިފައި އޮތީ ހެއްޔެވެ. ށަވިޔަނިން ފެށޭ ފަސް ބަސް ހެދުމަށް ފަހެއް އެއީ ކޮންތާކުން ހޯދި އަދަދެއް ހެއްޔެވެ. ށަވިޔަންޏަށް ފަސް ބަސް ހަދާއިރު ޏަވިޔަނިން ޏަމްޏަމް ކިޔާލަ ކިޔާލަ ތިބެންވީ ހެއްޔެވެ.   

    މާތްކަލާކޯއެވެ. މީހުންގެ އަނގަގޮއްވަން ށަވިޔަންޏަށް ބަސް ހަދަން ނޫޅެ ކަރާފަޅަން ދަޑަށް ދާށެވެ. ނޫނީ ރަށު އަތިރިއަށް ނިކުމެ ޒާތަކުގެ ތަފާލެއްގައި ދަނޑިން ތެޅިއްޔާ މާތާހިރު ވާނެއެވެ. އޭރުން ގައިމު ގަޔަށް ތިކިބުރާނެއެވެ.

    ]]>
    Fri, 24 May 2024 07:31:12 +0500 ނިއުސް ޑެސްކް
    ދައުރު ހަމަނުވަނީސް މުއިއްޒުގެ ވެރިކަން ވައްޓާލާނީ އަދުރޭ! https://heerasnews.com/2484 https://heerasnews.com/2484 ގަދަ އަމުރުން އަމުރުކޮށްގެން މަޖިލީހުގެ ރިޔާސަތަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ނަގަންޏާ ނަގަންޖެހެނީ ކަމަށް ކުފޫހަމަ އިލްމާއި ހުނަރުހުރި މީހެކެވެ. ދުނިޔޭގެ މަޖިލިސްތަކުގައި ރާއްޖެއަށް ހުތުރުނާރުވާ ރާއްޖެ ތަމްސީލު ކުރެވޭނެ މީހެކެވެ. 20 މަޖިލީހަށް އިންތިހާބުވެފައި ތިބި މީހުންގެ ތެރެއިން އެމީހަކީ ހަމަގައިމުވެސް ފޮނަދޫ އަބްދުއްރަހީމެއް ނޫނެވެ. 

    އިލްމާއި ހުނަރާއި ޕާލަމެންޓްރީ ތަޖުރިބާއަށް ބަލާއިރު އަދުރޭއަށްވުރެ މަޖިލީސްގެ ރައީސްކަމަށް ހުރިހާ ގޮތަކުންވެސް ކުފޫހަމަ މީހުން އެބަތިއްބެވެ. ރައީސް މުއިއްޒަށް އަދުރޭއަށްވުރެ މާ ވަފާތެރި އިހުލާސްތެރިން އެބަތިއްބެވެ. މުއިއްޒުގެ ކޮއްކޮ ސައުދާވެސް ގައުމަށް ހުތުރެއް ނުލިބޭގޮތަށް މަޖިލިސްގެ ރައީސްކަން ވަފާތެރިކަމާއެކު ކޮށްދޭނެއެވެ. އަދުރޭ ކަހަލަ އައުގުރާނަ ގޮވުމުން ޕީއެޗްޑީ ނަގާފައިވާ ބޭފުޅަކަށް ސައުދާ ނުވާނެއެވެ. ސައުދާއަކީ އިލްމީ ގޮތުން އަދުރޭ ކަހަލަ އުޑެއްބުޑެއް ނޭނގޭ ބޭފުޅެއް ނޫނެވެ. ރައީސް މުއިއްޒަށް ވަފާތެރިވުމުގައި ސައުދާ ފަދަ ދެވަނައެއް ނުހުންނާނެއެވެ.  

    އަދުރޭގެ ކަންކަން ހުރީ އެހެން ހެއްޔެވެ. ރައީސް މައުމޫނުގެ މާބޮޑު ވަފާތެރިއަކަށް ހެދިގެން ސިޔާސީ ދަޑުގައި ދަނޑިމަތި އަނބުރަމުން ރައީސް މައުމޫނަށް ދޯކާދީ ރައީސް ޔާމީނުގެ ވަތުބަތާނައަށް ވެގެން އުޅެފާ ރައީސް ޔާމީނުގެ ގައިކޮޅުގައިވެސް އަދުރޭ ޖެހީ ކޮޅުފައިންނެވެ. ރައީސް މައުމޫނު ގުއިވެ ރައީސް ޔާމީނު ވެގެން އުޅުނުއިރު ރައީސް މައުމޫނަށް އަދުރޭ ނުގޮވާ ކުނިފުޅައެއް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މައުމޫނަށް ދިންހާ ދެރަޔަކާއި އަނިޔާއެއްގެ މުގުލުގައި މޭސްތިރިއަކަށް ހުރީ އަދުރޭ ނޫން ދެވަނަ މީހެއްނޫނެވެ. 

    ރައީސް ޔާމީނު މިނިވަން ވިޔަނުދީ މަކަރާހީލަތުން ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓާއި ޕީއެންސީ ހޯދާ ދިނީ ވެސް އަދުރޭކަން އެންމެ ރަގަޅަށް އެނގޭނީ ރައީސް މުއިއްޒަށެވެ. ހެދިހާ ހީލަތާއި ޖެހިހާ ޗައްކަރާއި ރައީސް މުއިއްޒަށް ހަމަ ރަނގަޅަށް އެގޭނެއެވެ. ކަމެއް ހާސިލުކުރުމަށް އަދުރޭ ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެކަން ރައީސް މުއިއްޒަށް އެގެންވާނެއެވެ.   

    ރައީސް މުއިއްޒު ވަރެއް މިހާރު ނެތިގެން ސަރުކާރުގެ އާރާބާރު އަދުރޭ އަތަށް ކަހަލައިގެން ހުރެ ކުރުވާ ކަންކަމުން ބޭރު ދުނިޔެއާއި ރައްޔިތުންގެ ކުރިމަތީގައި ރައީސް މުއިއްޒުގެ އަގުވެއްޓި ދަނީ ވެއްޔާ މޮޑެވެމުންނެވެ. ރާއްޖެއަށް ހުތުރުނަން ދަނީ ކެނޑިޏޭޅި ލިބެމުންނެވެ. މިހާރު އަދުރޭ ދިމާކޮށްފައި އެހުރީ ރައީސް މުއިއްޒުގެ ބާރުގައި މަޖިލީހުގެ ރައީސްކަން ހޯދާށެވެ. މަޖިލީހުގެ ރައީސްކަން ހޯދައިގެން ދޮންކަޅު އަންގާނުލާ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒާ ދެކޮޅަށް އަދުރޭ ބަގާވާތް ނުކުރާނެ ގޮތަކީ ނެތް ގޮތެކެވެ. ދައުރު ހަމަނުވަނީސް ޑރ. މުއިއްޒުގެ ވެރިކަން ނިންމުވާނީ އަދުރޭއެވެ.  

    އިލްމީ ފެންވަރެއް ނެތި މަޖިލީހުގެ ރައީސް ކަމާ ހަމައަށް ދެވުމުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ފައިނުނަގާ ހުންނާނެ ކަމަށް ދެކެނީ ވަރަށް ބޮޑު މޮޔައެކެވެ. އެވަރުގެ ބޮޑު މޮޔައަކަށް ރައީސް މުއިއްޒެއް ނުވާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.          

    ]]>
    Thu, 23 May 2024 15:32:21 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ އޮޑި ކަނޑުނުވެ ސަލާމަތެއް ނުވާނެ! https://heerasnews.com/2483 https://heerasnews.com/2483 ގަދަވަޔާ ވިއްސާރައިގެ ކޮޅިގަނޑުތައް އައިސް ބޮޑެތި ގަސްތައް މުލުން ލުހެން ފަށައިފިއެވެ. އެކިވަރުގެ ގެއްލުންތައް ފުލުފުލުގައި އެހެރަދަނީ ލިބެމުންނެވެ. ނަގާ ބޯމަތިވަމުންދާ ތޫފާނުގެ މޭގަ އެހުރެ އަންނަނީ ފެންނަމުން ބޮޑުވަމުންނެވެ. ކަނޑުދުވަން ނިކުމެ ހުރި އޮޑި ކޮޅުންއަޅާ ދިޔަތައް ހަލާނުލާ ދިޔުމަކާ ވައްތަރެއް ނޫނެވެ. 

    ކަމަޅިމަތިން ބޭލިތާ ކިރިޔާ ހަމަސްވިޔަސް އޮޑިވަޑާމުގެ ދެރަކަމުން ބޭލީއްސުރެ ހިންމިތަކުން ހުންނަނީ ދިޔަ އަރައަރައެވެ. ދިޔަވަރު ކުރަން ހިންމިތަކަށް ރޯނުން ކޮޅިޔަސް ނަގާ ކޮންމެ ރާޅެއްގައި ދިޔަތަން އެބަ ހަލައިލައެވެ. 

    އައު އޮޑިބާލައިގެން ކަނޑު ދުވަން ނިކުތީ ވަރުރާޅު ބަލައިގެނެއް ނޫނެވެ. ބަރުމަރުކާ އަޑިއަށް ދިޔަސް މީހުން އަރުވާ އޮޑި ބަރާކުރަމުން ދަނީ ވަތުތެރޭގައި ޅައަޅައިގެން ކަމަށް ވިޔަސް ހެޔޮތާއެވެ. ހަފޮޅު އެތެރެ ވިއްޔާ ބައިލިބޭނެއެވެ.

    ހަތަރެސް ފައިން ގޯސް ހެދުމުން ފަޅުވެރިންގެ ބައެއް މީހުންނަށް ބައި ދީފާ ކަމެއް ނުކުރުވާ މަހަށްދިޔަ ކަމަށް ރަށުގައި ބޭތިއްބުން ވެސް މާކެޔޮޅަށް ރަނގަޅެވެ. ޝިއުނާމެން ލިސްޓަށް އަނެއްކާ އަނެކަކު އިތުރުވީއެވެ. އޮޑިވެރިންނަށް ދޭނެ ކަށިފޮއްޗެއް ނެތަސް ފަޅުވެރިންނާ ކެޔޮޅު މީހާ ބަނޑުން ލޯއަޑު ކިޔާވަރަށް ކައިފުރާލެވެނިކޮން ނިމުނީތާއެވެ. 

    ނަގާ ބޯމަތި ވަމުން އަންނަ ކޮޅިގަނޑުގެ ރަނގަޅަށް ލައިނުގަތަސް ކޮޅިގަނޑުގެ ކޮޅުމަތި އެހެރަ ފެންނަނީ ޖެހެމުން އަންނަތަނެވެ. ވައިބާރުވެ ހާޑަށް ތިރިކޮށް ކުޑަރިޔާ އަޅާ ހިސާބަށް ދަނީއެވެ. ހުންގާނު ފުށްބުރުގައި ފެން ނުހިފާ ވަރަށް ބާނި ބޮޑުވެ ރާޅު ގޮއްވަނީއެވެ. ކުނބު ކުރިން ކުރުކުރު އަޑު ކިޔަންފެށީއެވެ. ދިޔަވަތް ތަކުން އުނގުރިތައް ލުހެން ފެށީއެވެ. ނޫރައިންނެކޭ ރާފިލެކޭ ކިޔާނެ ކަމެއް ނެތްތާއެވެ. 

    ރަނގަޅަށް ކޮޅިގަނޑު ނުޖެހެނީސް އޮޑި ލުއިކުރަން އޮޑިން ބަރުހެން ހީވާ މުދާ ކަނޑަށް އުކަން މިހާއަވަހަށް ފެށީއެވެ. ސަމާހާއި ކުޑޫ މެންކަހަލަ ބޮޑެތި ޒިންމާގައި ތިބި މީސްމީހުން ސަރުކާރުން ކަނޑަނިއްޔެކޭ ނުކިޔަމެވެ.

    ކޮޅިގަނޑުގައި 28ގެ ފަހުން ހުންގާނު މައިދާ ނުނެއްޓި ކަނޑުނުވެ ސަލާމަތްވިއްޔާ ރަނގަޅެވެ. އޮޑީގައި ތިބި ކަލާސީންނަށް އޮޑިން ދިޔަވެ އޮޑި ފެތުނަސް މާބޮޑު ކަމަކަށް ނުވާނެތާއެވެ. ކަލާސީންނަކީ ނައު ބައުވާ ބައެއް ނޫންވިއްޔާއެވެ. އެންމެ އައު އޮޑިއަށް އަރަން އެމީހުން އަބަދުވެސް އެ ތިބެނީ އެއް ރޮއްޖަށް ފޫގަޅައިގެންނެވެ.  

    ]]>
    Wed, 22 May 2024 17:07:16 +0500 ނިއުސް ޑެސްކް
    އަދުރޭގެ އައުވާނުން ސަރުކާރުން ފައްސާ ނަގާލާނެ! https://heerasnews.com/2482 https://heerasnews.com/2482 މުއިއްޒުގެ މާލިމީ ކަމުގައި ކަނޑުދުވަން ނިކުމެއޮތް ރާއްޖެއޮޑިއަށް ވަށައިގެން ނަގާ ބޯމަތިވަމުން އަންނަ ވިލާގަނޑުތައް ދިމާލަށް އެހެރަ ފެންނަނީއެވެ. ކޮޅިގަނޑުގެ ވައިވަރު މިހާރުވެސް އެހެރަ ފެންނަން ފެށީއެވެ. ކޮޅިގަނޑު ހިނދި ފާނޯލާނީކަން ނޫނީ ކޮޅިގަޑުޖެހި މަޑޫތައް ބިނދި އޮޑި ފެތޭނީކަން އެނގޭނީ މިމަހުގެ އަށާވީހުގެ ފަހުންނެވެ.

    ގަބޫލުކުރިޔަސް ނުކުރިޔަސް މުއިއްޒުގެ ސަރުކާރަށް ލޮޅުންތަކެއް އަރަމުން އެބަދެއެވެ. މުއިއްޒު ސަރުކާރަށް އަރާލޮޅުން ގުޅިފައިވަނީ ރާއްޖޭގެ އިގުތިސާދުގެ މައިތަނބާއެވެ. ފަތުރުވެރިކަމާއެވެ. ލޮޅުމުގެ އަސަރު ކުއްލިއަކަށް ފެނިގެން ދިޔައީ ފަތުރުވެރި ކަމުގެ ވަޒީރު އަމިއްލައަށް ފެންވަރެއް ނެތްކަމަށް އިއުތިރާފްވެ އަލުން ކިޔަވައިގެން މޮޅުކުއްޖަކަށް ވެގެން ރައްޔިތުން އެދޭ ހެޔޮބަދަލު ގެނެސްދޭނެ ކަމަށް ބުނެ މާފަށް އެދުނު ހިސާބުންނެވެ.

    ފަތުރުވެރި ކަމުގެ ވަޒީރަކީ މުއިއްޒުގެ އިސްވަޒީރުގެ ދަރިކަލުންނަށް ވީތީ މަޖުބޫރުވެގެން މަގާމު ދިންއިރު އޭނާގެ ފެންވަރު މުއިއްޒަށްވެސް އެނގެއެވެ. ރައީސް ކަމުގެ މަގާމު ހޯދަން ޖެހުނުގޮތުން މުއިއްޒު ހުރީ އިސްވަޒީރު އަދުރޭގެ އަތްދަށުވެ ހައިޖެކްވެފައެވެ. ތަނެއް ދޮރެއް ފެންވަރެއް ބެލުމެއްނެތި އަދުރޭ ބުނިހާ ބަޔަކަށް ދައުލަތް ބަހާލުމުން ވެގެންދިޔައީ މުއިއްޒު އަތަށް އޮޅިފައިއޮތް ކަންވާރު ބޮޅަކަށެވެ. ފަށަކަށް ދަމާލިވަރަކަށް ޖެހެނީ ގޮށެވެ. 

    ފަތުރުވެރިކަން އިސްތިހާރުކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރަނީ އެމްއެމްޕީއާރުސީންނެވެ. އެތާނގެ ޗެއަޕަރސަނަކީ މުއިއްޒުގެ މުސާރަ ނުނަގާ އިގްތިސޯދީ މުޝީރުގެ ދެލޯނޭދި އެދޭ ލޮބުވެތި ދަރިކަނބަލުންނެވެ. ބޭރުން އިންވެސްޓަރުން ގެނައުމާއި ބައިއަޅައިގެން ގައުމު ފޮތިފޮތިކޮށް ކާލުމުގައި މުއިއްޒުގެ އެންމެ ބޮޑު ޕާޓްނަރަކީ މުސާރަ ނުނަގާ މުޝީރެވެ. ޖަނާހާއި މުއިއްޒުގެ ގުޅުމުގެ އަޑިއެނގޭ ވަރަށްވުރެ މާފުނެވެ.

    މުސާރަ ނުނަގާ މުޝީރުގެ ދަރިކަނބަލުން ކިތަންމެ މޮޅަސް ސަރުކާރު ފެށިގެން އައިއިރު އިސްވަޒީރުގެ ނުފޫޒުން މުޅި އެމްއެމްޕީއަރުސީގެ ބާރު އޮތީ ފަތުރުވެރި ވަޒީރު މުށުގައެވެ. އެމްއެމްޕީއާރުސީ ހިންގަނީ ފަތުރުވެރި ވަޒީރުގެ ގޮނޑިކޮއްކޮއެކެވެ. ނަތިޖާއެއްގެ ގޮތުން އިސްވަޒީރާއި މުސާރަ ނުނަގާ މުޝީރުގެ ގަދަ ހިފުމަކަށް ރާއްޖޭގެ ފަތުރުވެރިކަން ވެގެން ދިޔައީއެވެ.

    ބޮޑުދެގެރި ތަޅަންޏާ ބާރުކުރާނީ ކައްގަލަށް ކަމުން އެންމެ ފަހުން މުސާރަ ނުނަގާ މުޝީރު ޖަނާހުގެ ދަރިކަނބަލުން ނޫރައިން އެމްއެމްޕީއާރުސީގެ ޗެއަރ ދޫކޮށްލެއްވީއެވެ. އޭގެފަހުން ރަނގަޅު އެއްދުވަސް ނުވެ އެމްއެމްޕީއާރުސީގެ އެމްޑީ އަދި ފަތުރުވެރި ވަޒީރުގެ ގޮނޑިކޮއްކޮ ކުޑޫ މަގާމުން ވަކިކުރީއެވެ. 

    މަންޒަރު ބަދަލުވަމުން ދާގޮތް ދެކެން ތިބޭށެވެ. މިމަހުގެ 28 ގައި މަޖިލިސް ހުވާކުރުމާއެކު އިސްވަޒީރުގެ ހައިސިއްޔަތު ގެއްލި ރައީސް އޮފީހުން އަދުރޭ ބޭރުވާނެއެވެ. އިސްވަޒީރު ކަމަށް އެހިސާބުން މުސާރަ ނުނަގާ މުޝީރު އިސްކޮށް ކުޅިބައި އަލުން އަތުރާލާ ގޮތް ފެނިގެން ދާނެއެވެ. ކިތަންމެ މައްޗަށް ފައިނަގައިގެން ހުއްޓަސް އަދުރޭއަށް މަޖިލީހުގެ ރައީސް ކަމެއްވެސް ނުލިބޭނެއެވެ. ސަރުކާރާ މަޖިލިސް އޮންނަނީ މުއިއްޒުގެ މުށުތެރޭގައެވެ. މަދިރިއަށް ދުން އެޅީމާ މަދިރިތައް ބުރައިގެން ދާހެން އަދުރޭގެ އައުވާނުން ސަރުކާރުން ފައްސާ ނަގަލާނެއެވެ. ފެންނަން މިފެށީ އޭގެ ކޮޅުމައްޗެވެ.      

    ]]>
    Wed, 22 May 2024 15:13:11 +0500 ނިއުސް ޑެސްކް
    މޯދީއަށް ގޮންޖަހަން މުއިއްޒު ހިންގި ޑްރޯން ހިޔާނާތް https://heerasnews.com/2480 https://heerasnews.com/2480 ރާއްޖޭގެ ސަލާމަތީ ކަންކަމުގައި ވައިގެ އުޅަނދު ފަހަރުގެ ބޭނުންތެރިކަން ބޮޑުވަނީ މޫސުން ގޯސް ދުވަސްވަރަށެވެ. އޮޑިދޯނި ފަހަރު ގެއްލުމާއި ނުރައްކާތެރި ހާދިސާތައް ގިނައިން ހިނގަނީ މޫސުން ގޯސްވީމައެވެ. ހެލްކޮޕްޓަރާއި ޑްރޯންގެ ބޭނުން އެންމެ ބޮޑަށް ޖެހެނީ މޫސުން ގޯސްވުމުންނެވެ. 

    ސަލާމަތީ ކަންކަމުގައި ބޭނުންކުރުމަށް ދައުލަތުން ހަރަދުކޮށްގެން ހޯދަންޖެހޭނީ މޫސުން ގޯސްވުމުން ބޭނުން ހިފޭނޭ ޒާތުގެ އުޅަނދުފަހަރެވެ. އާލާތެވެ. ނަމެއްގައި ކަންދެއްކުމަށް ދައުލަތުން ފައިސާ ހޭދަކުރުމަކީ ވެވޭ ހިޔާނާތެކެވެ. 

    މިދާކަށްދުވަހު ރައީސް މުއިއްޒު ތުރުކީން ބައިރަކްތަރު ޓީބީ2 ޑްރޯން ގަނެ ނަމެއްގައި ވައިގެ ބާރެއް ރާއްޖޭގައި އިފްތިތާހުކޮށްފިއެވެ. ބައިރަކްތަރު ޓީބީ2 ޑްރޯންއަކީ މޫސުން ގޯސްވުމުން ބޭނުން ކުރެވޭ ޒާތުގެ ޑްރޯނެއް ނޫނެވެ. ބައިރަކްތަރު ޓީބީ2 މޮޑެލްގެ ޑްރޯނަށްވުރެ މޫސުންގޯސްވުމުން ބޭނުންކުރަން އެކަށީގެންވަނީ ޓީބީގެ އަދާހަމަ މޮޑެލެވެ. ޓީބީ ޑްރޯންގެ އަދާހަމަ މޮޑެލްއަކީ ޓީބީ3އެވެ. މިހާރު އެ މޮޑެލްގެ ޑްރޯން ތުރުކީން ގަންނަން ލިބެން އެބަހުއްޓެވެ. 

    ރާއްޖެއަށް ބައިރަކްތަރު ޓީބީ2 ޑްރޯން ގަތީ ޓީބީ3 ބާޒާރަށް ނެރެން އުޅެނިކޮށެވެ. ޑްރޯން ގަތުމުގެ މުއާމަލާތަކީ ޓީބީ2 ޑްރޯންގެ ސްޓޮކް ހުސްކުރަން އުޅުމުގެ ތެރެއިން ބޮލުގައި އަޅުވާލުމުން އަވަސް އަރުވާލާފައި ހިންގި ކޮރަޕްޝަންގެ އަމަލެކެވެ. ރާއްޖެއަށް ޓީބީ2 ގެ ޑްރޯން ގަނތްތާ ދެމަސްނުވެ ޓީބީ3ގެ ޑްރޯން އެހުރީ ބަޒާރަށް ނެރެފައެވެ.

    ބައިރަކްތަރު ޓީބީ3 މޮޑެލްގެ ޑްރޯނަކުން އިރާނުގައި 2100 އަކަކިލޯ މީޓަރގެ ސަރަހައްދެއް ހަތްގަޑިރަށް އިރަށްވުރެ ގިނަވަގުތު ހޭދަކޮށްގެން އިއްޔެ ވަނީ ހޯދާ ބަލާފައެވެ. ބައިރަކްތަރު ޓީބީ3 މޮޑެލްގެ ޑްރޯނެއް އިރާނުގައި ހަރަކާތްތެރި ވެފައިވަނީ އިންތހާ ދަރަޖައަށް މޫސުން ގޯސްވެފައި ވަނިކޮށެވެ.     

    ރައީސް މުއިއްޒު ރާއްޖެއަށް ގަނެގެން ގެނެސްފައިވަނީ މޫސުން ގޯސްވުމުން އުރަލައްވާ ފޮރުވާފައި ބާއްވަން ގެނެސްފައިވާ ޑްރޯން ތަކެކެވެ. އެކަމުގައި މުއިއްޒުގެ ހައްދު ފަހަނައެޅި ގައުމިއްޔަތު ދެއްކުމަށް 570 މިލިޔަނަށް ވުރެ ގިނަ ފައިސާ މިވަނީ އިސްރާފުކޮށްލާފައެވެ. އެކަށީގެންވާ ޑްރޯނު ނެރެނެރެ އޮއްވާ ބޭނުމެއް ނުހިފޭ އެއްޗެތި ތަކެއް އެހެން ނޫންނަމަ ނުގަތީހެވެ. ރަނގަޅު ހެޔޮ ނިޔަތެއްގައި ކުރި ކަމެއް ނަމަ އަވަސް އަރައިގަނެގެން ބަޔަކަށް ސްޓޮކް ހުސްކޮށްދޭކަށް ޑްރޯނެއް ނުގަތީހެވެ. ތުރުކީން ގަނެގެން ގެނައި ދެރާރާ ގުޑިން މޯދީއާއި އިންޑިއާގެ ވައިގެ ބާރަށް ގޮންޖަހާލެވޭނެ ކަމަށް އޭރު ހީވީތާއެވެ.

    ]]>
    Tue, 21 May 2024 19:32:08 +0500 ނިއުސް ޑެސްކް
    ހަރަދު ކުޑަކުރަނީ ސިޔާސީވެރިންގެ ޖީބު ބޮޑުކޮށްގެން! https://heerasnews.com/2479 https://heerasnews.com/2479 ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށްބުނެ މާލީ ވަޒީރު ފޮންޏެއް ކަނޑާނެ ކަމެއް ނެތެވެ. ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރު ބޮޑުވީ ހަރަދު ކުޑަކުރަން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިގެން ކަމަށް ބުނެ އެހެން ބައެއްގެ ބޮލަށް ކަނޑާލަން ނުހަދާށެވެ. ވެރިކަމާ ހަވާލުވެގެން ތިޔަ ތިބީ ކަންކަން ރަނގަޅު ކުރާނެ ކަމުގެ ދޮގު ވައުދުވެގެން ނޫންހެއްޔެވެ. 

    ގައުމު އޮތް ހިސާބުން އިސްލާހީ ފިޔަވަޅުތައް އަޅަން ޖެހޭކަން ނޭނގިގެން އުޅެނީ ކާކަށް ހެއްޔެވެ. ނެތިގެން އުޅެނީ އިސްލާހު ކުރުމުގެ ނިޔަތެވެ. ކެރުމެވެ. ހިތްވަރެވެ. ދައުލަތުގެ މުއައްސަސާތަކަށް ގެންނަންޖެހޭ ރިފޯމްތައް ގެނެސް ހަރަދު ކުޑަކުރުމުގެ އަޒުމުގައި ހުރި ވާހަކަ ދައްކަނީ އަނގައިންނެވެ. ހަބަރު ސުރުހީ ހެދުމަށެވެ. އަމަލު ހުރީ ދިމާ ދެކޮޅަށެވެ. 

    އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ކުރިމަތިވާނެ ކަންކަމާއެކު ޕީއެސްއައިޕީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް މާލީ ވަޒީރު ބުނުމުން ހަރަދު ކުޑަކުރަން ކަމެއް ކުރުމުގެ ނިޔަތް ނެތްކަން ވަރަށް ސާފެވެ. ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގުމުގެ ވާހަކައިގެ ކުރިއަށް ސިޔާސީ ގޮތުން ކުރިމަތިވާނެ ކަންކަމަށް ހަރަދު ކުރާނެ ކަމުގެ ވާހަކަ ބުނުމުން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ވިސްނުން ނެތްކަން މާ ރަނގަޅަށްވެސް އެނގިގެން ދެއެވެ. އެހެން އެކަން އޮވެގެން ކުޑަކުރެވޭނެ ރިކަރަންޓް ހަރަދަކާ ކެޕިޓަލް ހަރަދެއް ނުއޮންނާނެއެވެ. 

    ސިޔާސީ ގޮތުން ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރާ ބަޔަކަށް ކުޑަކުރެވޭނީ ކޮން ހަރަދެއް ހެއްޔެވެ. އާމްދަނީ ހޯދަން ބިނާކުރަނިވި ކަމެއް ނުކުރެއެވެ. ބާޓާ އުސޫލުން ފަޅުތަކާ ބިންތަކާ ބަހާ ނަގަނީއެވެ. ދައުލަތަށް އާމްދަނީ ހޯދުމަށްވުރެ އިސްކަންދެނީ ސިޔާސީންގެ ޖީބުތައް ފުރާލުމަށެވެ.

    އަނެއްކޮޅުން ސިޔާސީ މަގާމުތައް ދިނުން އެންމެ ތަންފުކެއްވެސް މަދެއް ނުކުރެއެވެ. ދެތިން ހާހަށްވުރެ މިހާރުވެސް ދީގެން އުޅޭ ސިޔާސީ މަގާމު މަދެއް ނޫނެވެ. ޑުބްލިކޭޓް ކުންފުނިތައް އުފެއްދުމުގައިވެސް ހައްދެއް ނެތެވެ. އެކަމަކު ދައްކަނީ މުއައްސަސާތައް ރިފޯމް ކުރުމުގެ ވާހަކައެވެ. 

    ދައުލަތަށް އާމްދަނީ ހޯދަން ކަނޑަނީ ރައްޔިތުންގެ ޖީބެވެ. ކިރާ މަހަށް މަސްވެރިންނަށް އަގެއް ނުދެއެވެ. ވަޒީފާއިން ވަކިކުރަނީ ރަށްފުށު ދެރަވަރު ނުއައްޒަފުންނެވެ. އެކަމަކު ބިލިޔަނުން ހޭދަކޮށްގެން ހޯދަނީ ޑްރޯނެވެ. ކަނޑާލަން ރާވަނީ ފެނާ ކަރަންޓާ ކާޑުގެ ސަބްސިޑީއެވެ. އުނިކޮށްލަން އުޅެނީ ރައްޔިތުންނަށްދޭ ބޭސްފަރުވާ ކުރާ އާސަންދައިންނެވެ. ވަކިކުރަން ރާވަނީ ސިވިލް ސާރވިސް މުއައްޒަފުންނެވެ. ބޮޑުކުރަން ހިފަނީ މުދަލާއި ހިދުމަތުގެ ޓެކްސްއެވެ. ހުރިހާ ދެރައެއް ނިކަމެތި ރައްޔިތުންނަށެވެ. ފުފެނީ ސިޔާސީވެރިންގެ ޖީބެވެ.

    ]]>
    Tue, 21 May 2024 17:57:38 +0500 ނިއުސް ޑެސްކް
    ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ ގެ އެކްޓަރ ކައިވެނިކުރަނީ https://heerasnews.com/2478 https://heerasnews.com/2478 ސްޓަރ ޕްލަސް އިން ޒަމާންތަކަކަށް ގެނެސްދެމުން އަންނަ ސިލްސިލާ ޑްރާމާ  "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަބިމަންޔުގެ ރޯލް ކުޅެފައިވާ ތަރި ހަރްޝަދު ޗޯޕްޅާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް އިއުލާނުކޮށްފިއެވެ.

    ހަރްޝަދުގެ ބައްޕަ، ޕްރަކާޝް ޗޯޕްޅާ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ދަރިފުޅުގެ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމާ މުޅި އާއިލާ އޮތީ ވަރަށް އުފަލުން ކަމަށެވެ.

    އޭނަ އިންނަން އުޅެނީ ކާކާ ކަމެއް އަދި ސާފެއް ނުވެއެވެ. ހަރްޝަދު ޗޯޕްޅާއަކީ ގިނަ ޑްރާމާތަކުން އާންމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެކްޓަރެކެވެ. އޭގެތެރޭގައި "ބޭފަނާ" އާއި "ކިޝް ދޭޝް މޭ ހޭ މޭރާ ދިލް"އާއި "ތޭރޭ ލިޔޭ" ފަދަ ޑްރާމާތައް ހިމެނެއެވެ.

    ]]>
    Tue, 21 May 2024 15:52:27 +0500 ނިއުސް ޑެސްކް
    ޅެންފަރުވާގެ ހިދުމަތަށް އާސަންދަ ލިބޭނެ!؟ https://heerasnews.com/2476 https://heerasnews.com/2476 އިންސާނުންނަށް ކީއްކުރަން ހެއްޔެވެ. ޖަނަވާރުންނާއި ދޫނި ސޫފާސުއިއްޕަށްވެސް އެންމެ ފަރުވާއެއް ނޫނީ މިހާރު ނުކުރެވޭ ފަރުވާއެއް ރާއްޖޭގައި ނެތެވެ. ކުޑަވެގެން ބޮޑުވެގެންވެސް އެންމެ ފަރުވާއެއް ފިޔަވާ ނުކުރެވޭ ފަރުވާއެއް ރާއްޖޭގައި ނެތެވެ. ކްލޯން ކުރުމާ ހަމައަށް ރާއްޖެ ހިނގައްޖެއެވެ. ރާއްޖޭގައި ދެވޭފަރުވާގެ ކަންކަން މިހާ ކުރިއަރާ ގޮސްފައި ވާއިރުވެސް ނުކުރެވޭ ފަރުވާއެއް އެބައޮތެވެ. 

    ރައީސް މުއިއްޒުގެ ވަޒީރަކު މަރުފަލި ޖަހަމުން އެދަނީ ރާއްޖޭގައި އެފަރުވާކުރުމަށެވެ. ރާއްޖޭގައި ނުކުރެވޭ ފަރުވާއަކީ ހަމައެކަނި ޅެންފަރުވާއެވެ. ލަހެއް ނުވެ ޅެންފަރުވާގެ ހޮސްޕިޓަލްތަކާއި ކުލިނިކްތައް ހުޅުވިގެން ދާނެއެވެ. ޅެންފަރުވާގެ ހިދުމަތް އާސަންދައިންވެސް ލިބެން ފަށާނެއެވެ. 

    ދުވަސް ކޮޅަކުން ދިވެހިން ބިންމަތީގައި ތިބޭނީ ހަނދުގައި ގެއަޅައިގެންނެވެ. އޭރުން ދިވެހިން އުޅޭނީ ކަނު އަނދިރީގައި ކަޅުހިލަ މަތީން ކަޅުހިނި މެރުމުގައެވެ. ހިމޭން ލޯބީގައި ދެހިތް ފައްތަރުކޮށްގެންނެވެ.

    ހުރިހާ ދިވެހިން ތިބޭނީ ހިޔާލީ ދުނިޔެއެއްގައި ފުރާނަ ނެތް އެއްޗެތީގައި ފުރާނަ އަޅުވައިގެން ހަގީގަތާ މާ ދުރުގައެވެ. ހައިބަނޑާ އޮވެ ރަން އިލޮށިން ކަދުރު ކާށެވެ. މަރުވިއްޔާ ޝަރަފުގައި މަރުވުމަށް ދަންމަޅިއަށް ބޯ މަހާލައިގެންނެވެ. ކަރުދާހުގެ ނަވުގައި މަރުފަލި ޖަހާށެވެ. އުޑުން ތަރިބާލާ އަތަށް ހަނދު ތިރިކޮށް ކަނޑުގާ ހިނގާލަ ހިނގާލައެވެ. 

    ޅެންފަރުވާއޭ ކިޔައިގެން ބޮލުރޮދި ކެނޑިގެން ބޮލާއަޅާ މަޑިތަކަކަށް ހުރިހާ ދިވެހިން ހަދަން ނޫޅޭށެވެ. މަޖުނޫނު ހެދިގެން ދުނިޔެ ރަންވެ މޮޔަވެފާތިބި ބަޔަކަށް ދިވެހިން ހަދަން ނޫޅޭށެވެ. ޅެމުން ފަރުވާ ހޯދާދީގެން އަލާއުއްދީނު ވޮއްގަޑު ހޯދާދީގެން ޖާދޫގެ ކުނަލުގައި އުދުއްސަން ކޮންމެހެން އުޅޭނެ ކަމެއް ނެތެވެ. ތިޔަ ދޭން އުޅޭ ޅެންފަރުވާ ލިބިގެން މީހުން ރަން ބިމަށް ގެންދަން ނޫޅެ އާދަން ނަސީރަށް ވަޒީރުކަން ނުކުރެވެންޏާ އަވަހަށް ކޮންމެވެސް އެހެން ކަރައެއް ފަޅާލެވޭތޯ އުޅޭށެވެ. 

    ދިވެހި ބަހުގެ އަދަބިއްޔާތު ދިރުވާ ކުރިއަރުވަން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ދައުލަތުން ބޮޑެތި އިސްރާފު ކުރަން ނޫޅޭށެވެ. ވުޒާރައަކުން ގައުމިއްޔަތުގެ ނަމުގައި ޗާޕްހާނާއާއި ރިސާޗް ސެންޓަރާއި ކޮލެޖު ހަދައިގެން ނަކަސްތަޅަން އުޅޭނެ ކަމެއް ނެތެވެ. އާސާރާއި އަރުޝީފާއި އާދަކަދައާއި ތަރިކަ ރައްކާތެރި ކުރާ ނަމުގައި ޖިފުޓީގެ ޒަމާނަށް އަނބުރާ ގެންދަން އޮޔާވަޔާ ދެކޮޅަށް މީހުންގެ ވިސްނުން އަނބުރާލަން ގައިނުވީދާ ދުނިޔެއަށް ލޯހުޅުވަ ބަލާށެވެ. 

    ބަވަނަވެތި ދުނިޔޭގެ އިލްމާއި ހުނަރާއި ވައްޓަފާޅިއަށް އުޅުމާ ގުޅުންތައް ބައްޓަން ނުކޮށް ފުނައޮށުން ވޮއްދިއްލި ޒަމާނަށް ދާނޭ މީހަކު މިހާރަކު ނެތެވެ. ރާރުކު ކުރީގައި ކަންފަތިން އެއް ކޮށަން އޮވެ ގިފިލީވަޅު ދޮށުގައި ފަޅިކަނޑިކި އަނދެގެން ފެންވަރަން ތިބޭ ސަމަންތަރު ހެޔޮ އަންހެނުނަށް މައްލަވަކުރަން ރައިވަރުކިޔާ އުޅުނު ޒަމާނަށް އިޔާދަ ކުރަން ޅެމުން ފަރުވާދޭން ހަދާނެ ކަމެއް ނެތެވެ. 

    ]]>
    Tue, 21 May 2024 00:18:50 +0500 ނިއުސް ޑެސްކް
    ކިޔާނީ ބަނގުރޫޓް ލަވަ & ކާނީ ހިހޫތަނުން! https://heerasnews.com/2475 https://heerasnews.com/2475 ޗައިނާ ވިޔަސް އިންޑިއާ ވިޔަސް ރާޢްޖެއަށް ކަންކަން ކޮށްދިނުމުގައި ފަހަކަށް އައިސް ގެންގުޅޭ އުސޫލެއް އޮވެއެވެ. ހިލޭ އެހީއެއް ވިޔަސް ލޯނެއް ވިޔަސް ރާއްޖެއަށް ފައިސާ ނުދީ ބޭނުންވާ ކަންކޮށްދިނުމުގެ އުސޫލެވެ. ލޯނެއްވެސް ހިލޭއެހީއެއްވެސް ދެނީ ބޭނުންވާ ކަމެއް ކުރުމަށެވެ. އެކަމެއް ކޮށްދެނީ އެމީހުން އައިސް އެމީހުން އަމިއްލައަށެވެ. 

    އެކަމަކަށް ބޭނުންވާ ހުރިހާ އެއްޗަކާއި ވަސީލަތެއް ހޯދާ ރާއްޖެ އެތެރެކުރަނީ އެމީހުންނެވެ. އެކަމެއް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ އެގައުމެއްގެ މީހުން ލައްވައެވެ. މަސައްކަތުގައި އުޅޭ މީހުންނަށް ބޭނުންވާ ދަތްކޮއްޓިއަށް ދާންދެން ބޭނުން ކުރަނީ އެ މީހުން އަމިއްލައަށް އެތެރެކޮށްގެންނެވެ. ކަފަބުރެއްހާ ހިސާބުވެސް ރާއްޖޭގެ ފިހާރައަކުން އެމީހުން ނުގަނެއެވެ.

    އިންޑިއާއިން އަޅާދިން އައްޑޫ ޕޮލިސް އެކަޑަމީއަކަސް އުތުރު ތިލަފަޅު ޑޮކްޔާޑަކަސް ވިލިމާލެ ބުރިޖަކަސް އެކަން އޮތީ އެހެންނެވެ. ޗައިނާއިން އަޅާދިން ހުޅުމާލެ ބްރިޖަކަސް ދަރުމަވަންތަ ހޮސްޕިޓަލަކަސް ހިޔާ ޓަވަރަކަސް އެކަމުގައި ތަފާތެއް ނެތެވެ. ބޭރު ބަޔަކު ލައްވާ އެއްވެސް މެގަޕްރޮޖެކްޓެއް ހިނގަމުން ދާއިރު ދިވެހި ރައްޔިތަކަށް ލިބޭ ވިޔަފާރިއެއް ނަފައެއް ނޯވެއެވެ. މުޅި ޕްރޮޖެކްތަށް ހިނގާ ހުރިހާ ހަރަދެއް އަލިފުން ޔާއަށް ލިބެނީ ލޯނު ނުވަތަ އެހި ދޭގައުމަކަށެވެ. އެ ޕްރޮޖެކްތަކުން ވެރިން ހޯދާ ކަޓެއް ފިޔަވާ ރާއްޖެއަށް ލޯލާރިއެއްވެސް ނުލިބެއެވެ. 

    ދަރިންގެ ދަރިންގެ މިނިމިންޏަށް ގައުމު ދަރުވާލައިގެން ހިންގާ މެގަ ޕްރޮލެކްޓްތަކަށް ކުރާހޭދައިގެ ކުޑަ މިންވަރެއްވެސް ދިވެހިންނަށް ނުލިބުމަކީ ދިވެހިން ބިކަވުމުގެ ސަބަބެކެވެ. މުޅި ޕްރޮޖެކްޓަށް ހޭދަކުރަހާ ފައިސާއެއް ލިބެނީ ލޯނު ނުވަތަ އެހީދޭ ގައުމަށެވެ. އެގައުމުގެ ރައްޔިތުންނަށެވެ. ލޯނަށް ދައްކަ ފައިސަވެސް އެ މީހުންނަށެވެ.

    ރާއްޖޭގެ މަސައްކަތްތެރި ކުންފުނިތައް ކުރިއަރާ ދިޔުމަށް ހުރަސްއެޅޭ ގޮތަށް އެކިވަރުގެ ފަށަލަތައް ލައިގެން އޮންނަނީ އޮބިއަޅާފައެވެ. ވަރުވަރުން ދަރަޖަކޮށްގެން ހިންދަމާލިޔަ ނުދީ އޮންނަނީ އިނދަޖައްސާފައެވެ. ސަރުކާރުގެ ކުންފުނިތައް އޮންނަނީ ސިޔާސީ ބޭނުމަށް ކޮރަޕްޝަނުން ޖަރީކޮށްފައެވެ. ވެރިކަމަށް އަންނަ ކޮންމެ ބަދަލަކައެކު ދައުލަތުގެ ކުންފުނިތައް ގުނބޯލުންގެ އައްޑައަކަށް ބަދަލުވެ ކުންފުނިތަކުގެ އެފެސެންސީ ނައްތާލައެވެ. 

    ރާއްޖޭގައި ތިބި ދުނިޔޭގެ ފެންވަރުގެ އިންޖިނޭރުންނާއި ފަންނުވެރިންނަށް ރާއްޖޭގައި ކުރިއަރާ ދިޔުމަށް ޖާގައެއް ނެތެވެ. އުސޫލުތަކާއި ފުރޭނުން ތަކުގައި ތާށިވެ މީހަކަށް ކުރާނެކަމެއް ކުރެވޭނެ ކަމެއް ނޯވެއެވެ. ސިކުނޑިތައް ހަފޮޅު އެތެރޭގައި ތަޅުލައިގެން ތިބި ސިޔާސީ ދަނޑިވަޅީންގެ ބުމަރަކަށް ގައުމުގެ އުފެއްދުންތެރިކަން އޮތީ ވެނިމިފައެވެ. އަބަދުވެސް ރާއްޖޭގައި ސިޔާސީން ޖަހާބެރަށް ނަށަމުން ކިޔާނީ ބަނގުރޫޓް ލަވައެވެ. ކާން ބޭނުންވާނީ ހިހޫތަނުންނެވެ.  

    ]]>
    Sun, 19 May 2024 13:53:21 +0500 ނިއުސް ޑެސްކް
    ވެރިކަމުގެ ހަމަހުން ބޭރުގެ ނުފޫޒުން ސަލާމަތެއް ނުވެވުނު! https://heerasnews.com/2474 https://heerasnews.com/2474 ތެދެކެވެ. މުއިއްޒު ސަރުކާރަށް 6 މަސް ވެއްޖެއެވެ. ހިނގާދިޔަ ހަމަހުގެ ތެރޭގައި ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެއްޖެ ކަމަށް ބުނެ ހޭނުބަހައްޓާ ބަޔަކު އެބަ އަޑު އަރުވައެވެ. މިނިވަންކަމާއި ސިޔާދަތީ ބާރު ކަށަވަރުކުރެވުނު ކަމަށް އެބަޔަކު އަނގަ ފުރާފާ އެބަ ކިޔައެވެ. 

    އަޖައިބެކެވެ. މިހާރުނެތް ބޭރުގެ ނުފޫޒެއް ކުރިއަކުންވެސް ނެތެވެ. ކުރިން ނެތް މިނިވަން ކަމެއް އަދި ކުރިންނެތް ސިޔާދަތެއް މިހާރަކުވެސް ނެތެވެ. ކުރިން އޮތް މިހާރު ނެތް އެއްޗަކީ ވެރިކަމުގައި ތިބި މީހުންނެވެ. އެނޫން ހުރިހާ އެއްޗެއް ކުރިއަށްވުރެވެސް ބޮޑަށް މިހާރު އެބަ އޮތެވެ. ވެރިކަމަށް އައުމަށް ކީހާޅެންވީ ފަރިއްސަށެވެ. މުއިއްޒު ބުނިގޮތަށް ބޭރުގެ ނުފޫޒުން ސަލާމަތްވެ މިނިވަންކަން ކަށަވަރެއްނުވިއެވެ.

    އޮޅުވާލަން ނޫޅޭށެވެ. ވެރިކަމަށް ދަހިލަވައިގެން ފަޔަށް ހިނި އަރައިގެން އުޅުނީ އިންޑިއާ މިލިޓަރީ މިތާ އެބައޮތޭ ކިޔައިގެންނެވެ. އުތުރުތިލަފަޅާއި ހަނިމާދުއާއި ކައްދުއާއި ގަމުގައި އިންޑިއާ މިލިޓަރީ އޮވެގެންނެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ބާލަން ވައުދުވީ މުއިއްޒެވެ. ވެރިކަމަށް އިންތިހާބުވީ ފަހުންވެސް ދެހާހަށް ވުރެ ގިނަ އިންޑިއާސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ ވާހަކަދެއްކީ މުއިއްޒެވެ. ވެރިކަން ލިބުނު ފަހުން އައްޑޫސިޓީން ކަނޑުވެ ގެއްލުނު ކުއްޖަކު ހޯދަން އިންޑިއާގެ ދެހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު މުއިއްޒު ބޭނުން ނުކުރީ އިންޑިއާ އަސްކަރީ އުޅަނދު ފަހަރަށް ވެގެންނެވެ.

    އާހިރުގައި 2000އަށްވުރެ ގިނައިން ތިބިކަމަށް ބުނި އިންޑިއާ ސިފައިން ތިބިކަމަކަށް ނުވިއެވެ. އިންޑިއާގެ އަސްކަރީ ދެހެލްކޮޕޓަރާއި ޑޯނިއާ ބޯޓު ފޮނުވައެއް ނުލެވުނެވެ. ނަމުގައި 76 ސިފައިން ފޮނުވާލާ މަދަނީންގެ ނަމުގައި 76 މިލިޓަރީ މީހުން އެތެރެކޮށް ކުރިންވެސް ހިންގި އަސްކަރީ ވައިގެ އޮޕަރޭޝަން އެގޮތުގައި ހިންގަން ފެށީއެވެ. ސެނަހިޔާގައި ތިިބި އަސްކަރީ ސިފައިންގެ ސަބަބުން މިހާރަކު ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަކަށް ނުވެއެވެ. އުތުރު ތިލަފަލުގައިވެސް އިންޑިޢާ ސިފައިން ތިބިކަމަކަށް ނުވެއެވެ. 

    އެއްވެސް އިރަކު އިންޑިއާއިން ސިފައިންގެ ފައުޖުތައް ގެނެސް ރާއްޖޭއަށް ގަދަވެ ގަންނަން އުޅުނު ކަމަކަށް މި ސަރުކާރަކަށް ނުވިއެވެ. ލޯނު ނަގާށާއި ލޯނު ސްޓްރަކްޗަރ ކުރުމަށްވެސް މުއިއްޒު ސަރުކާރަށް އިންޑިއާ މިހާރު އޯކޭއެވެ. މުއިއްޒުގެ ވެރިކަމުގައި ކަނޑުއަޑީގެ ސާވޭ އިންޑިއާ އާއި ޗައިނައިން ކުރިޔަސް އެއީ މައްސަލައެއް ނޫނެވެ. އެމެރިކާއިން ލޯއަޅާލުމުން އިޒްރޭލް ބޭން ނުކުރެވުނަސް އެއްޔަކީ ބޭރުގެ ނޫފޫޒެއްގެ ދަށުވުމެއް ނޫނެވެ. ފައިސާނުދީ ބޭރުގެ ކަރުދާސް ކުންފުނިތަކަށް ރާއްޖޭގެ ބިންތައް ކަނޑަކަނޑާފާ ބާޓާ އުސޫލުން ބަހާ ހުސްކުރިޔަސް އެއްޔަކީ ސިޔާދަތަށް އޮތް ނުރައްކަލެއް ނޫނެވެ. ބޭރުގެ ނުފޫޒެއް ނެތި މިނިވަންކަމާއި ސިޔާދަތު ކަށަވަރު ނުވާކަމަށް މިވަނީ މުއިއްޒު ނޫން މީހަކު ވެރިކަމުގައި ހުރީމައެވެ.      

    ]]>
    Sun, 19 May 2024 11:54:43 +0500 ނިއުސް ޑެސްކް
    ހަމަސްނުވެ މުއިއްޒަށް ޗައިނާ ގުއިވެ އިންޑިއާ އުނގަށް! https://heerasnews.com/2473 https://heerasnews.com/2473 ބޮކަށް ރަންފުއް މައްޗަށް އެރިގެން އުޅެގަންނަހެން ވެރިކަމެއް ލިބިގެން ބަޔަކު ތެޅިފޮޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ. އެހެން މީހަކު ދުވަހަކު ނުކުރާ ކަމެއް މީހަކަށް ލިބިގެން އުޅެގަތް ކަހަލައެވެ. ގަހަށް ފެންނަގޮތަށް ބިމަށް ނުފެންނާނެ ކަމެއް މުއިއްޒަކަށް ނޭނގެއެވެ، ކަނޑުދުވަން ނިކުތުމުން ހާޑަށް ތިރިކޮށް ކުޑަރިޔާ އަޅަން ޖެހިދާނެ ކަން އަމްދުން ނޭނގުނީތާއެވެ. 

    އެހެން ބަޔަކު ނެތަސް ވަރިހަމަވެ ޖެހިގެން ހުރިގޭ ފުރާޅަށް އޮއްގައުކާ އާޑަ ފުރައްސާރަ ކުރިއިރު އެގޯތީގައި އަޅާ މިރުސް ދުމުން ތިމާކޮށި އަރުވާލެވޭނެކަން އެނގޭ ވަރަށް ވުރެ ގަމާރީތާއެވެ. އަރާއިން ލަކުޑިގަނޑުގެ ކީސްވަޅަށް އަމިއްލަ ނަގޫ ފައިބާފައި އޮތްކަން ރާމާމަކުނަށް ނޭގެނީތާއެވެ. އަބު ލުހެލާއިރަށް ނަގޫ ފިތޭނެކަން ނޭނގޭ ވަރަށް ހޭބުއްދި ފިލީތާއެވެ. ސީނުކަރަޔަށް ގެންގޮސް ރަތް ދޫލަމަތީގައި ދެލަތްކެއް ޖައްސުވާލާ ކުރުނީސް ކޮށްލުމުން ދުނިޔެ ރަންވީތާއެވެ.

    ބަނޑު ހަނޑުލާ ކޮއްތުދަރާ ބޯފެން ސީނުކަރައިން އޮހިއޮހި އޮންނާނެ ކަމަށް ހީކޮށް ދަތްމައްޗަށް ތުންނާރާ ތަންދޮރު ކުޑަވެގެން އުޅެގަތީ އެހެންވެތާއެވެ. ދުނިޔޭގެ އާޖުފާޖު ކުޑަކޮށްވެސް އެނގޭނަމަ އެހާ މާއިރާ ބައިބަހާ ފަޅިނަގައިގެން އަވަށްޓެރިންނާ ޖެހިއެއް ނުގަންނާނެއެވެ. 

    ކުޑަވެސް ސިނކުނޑިއެއް ހުރިނަމަ ބަޔަކު ކަމެއް ކޮށްދީފާނެ ކަމަކަށް އަންޒަމާނުއްސުރެ ބަތާކައިގެން އުޅުނު ކާންދޭ އަތުގައި ދަތް އަޅާކަށް ދިމައެއް ނުކުރީހެވެ. އެއްތާކުން އެކައްޗެއް ނުދިނަސް އެންމެ އުދަގޫ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދޭ އަވައްޓެރިޔާއަށް ހަރާންކޯރުވީމާ ތިމާމެނަށް އިތުބާރުކޮށް އަތުގައި ހިފާނީ ކާކު ހެއްޔެވެ. ހެވެއް އެދިގެން އެހީތެރިވެދޭނެ އެއްވެސް ބަޔަކު ނޫޅޭނެއެވެ.

    ވަށަފަރު މުއިއްޒު ވެރިކަމަށް އައީ އިންޑިއާއަށްވުރެ ނުބައި ނުލަފާ ބަޔަކު ނެތްކަމަށް ދައްކައިގެންނެވެ. އިންޑިއާ އާއި ޖެހި ފިތި ބާރު ވެގެންނެވެ. ރާއްޖޭގައި އިންޑިއާއިން ނުކުރާ ވިޔާނުދާ ކަމެއް އޮތްކަމަކަށް އޭރަކުނުވެއެވެ. މިނިވަންކަން ގެއްލުވާލާ އަސްކަރީ ގޮތުންނާއި މާލީގޮތުން ރާއްޖެއޮތީ އަޅުވެތިކޮށްފައި ކަމަށް ބުނެ އިންޑިއާއަށް ނިސްބަތްކޮށް ނުކިޔާ ކުނި ފުޅައެއް ނެތެވެ. ނުކުރާ އާޑަ ފުރައްސާރައެއް ނެތެވެ.

    ވެރިކަމަށް ހަމަހެއް ނުވެއެވެ. ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. ހީކުރިހެން ޗައިނާއިން އެހީތެރިއެއް ނުވިއެވެ. ކުޑަމިނުން ޗައިނާގެ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްލާވެސް ނުދިނެވެ. ޕާކިސްތާނުން ފިޔައާއި އަލުއްވާއި ބިހެއް ގެންނާކަށް ނުލިބުނެވެ. ތުރުކީން ކާޑެއް ނުގެނެވުނެވެ. ބެންކޮކާ ދުބާއީން އާސަންދައެއް ހަމައެއް ނުޖެއްސުނެވެ. އެންމެ ފަހުން ޖެހުނީ އިންޑިއާ އެޅިހާ ބަތަކަށް ރިހަވާށެވެ. ކޮންމެ ކަމެއްގައިވެސް ވަށަފަރު މުއިއްޒަށް ޖެހެނީ އުނބަށް ޖަހާށެވެ. 

    ]]>
    Sun, 19 May 2024 10:04:50 +0500 ނިއުސް ޑެސްކް
    ކޭޕާކާއި ސީލައިފަށްވުރެ ބޮޑު ސްކޭމެއް: ހައްޖުބޭންކް https://heerasnews.com/2472 https://heerasnews.com/2472 ބޭނުންޖެހިފައިވާ މީހާގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން މީހުން ދަވާލުމުގައި ކޭޕާކާއި ސީލައިފަށްވުރެ ހައްޖު ކޯޕަރޭޝަނުން ހިންގާ ސްކޭމް ވަކިން ކުޑައެއް ނޫނެވެ. އަންމަޓީއާއި މަންޑޭ ސްކޭމް ހިންގީ އެޕާޓްމެންޓް ދައްކައިގެންނެވެ. ހައްޖު ކޯޕަރޭޝަނުން ސްކޭމް ހިންގަނީ އިސްލާމް ދީނުގެ އެއްރުކުން ކަމުގައިވާ ހައްޖު ދައްކައިގެންނެވެ. 

    ހައްޖަށް ދިޔުމަކީ ކޮންމެ ދިވެހި މުސްލިމަކު މަރުވުމުގެ ކުރިން ކުރެވޭތޯ ބަލާ ކަމެކެވެ. ހައްޖު ވާޖިބު ނުވިޔަސް ޒަމާންތަކެއް ވަންދެން ފައިސާ އެއްކޮށްގެން ވެސް ހައްޖުވުމަކީ ގިނަ ދިވެހިން ވަރަށް ބޮޑަށް އިސްކަން ދޭކަމެކެވެ. އެއްކުރާ ލާރިކޮޅު ހައްޖަށް މީހުން ފޮނުވާ ޖަމާއަތަކަށް އެއް އަހަރު ކުރިން ދީގެން ގިނަ ބަޔަކު މީގެކުރީން ހައްޖަށް ދިޔުމުގެ ނަސީބު ވަނީ ހޯދާފައެވެ. ބައެއް ފަހަރު ޖަމާއަތް ތަކަށް ފައިސާ ހަވާލު ކުރުމުން ފައިސާކޮޅަށް ޖަމާއަތުން ހިޔާނާތްތެރިވެ ހައްޖަށް ގެންގޮސްނުދީ ދެއްކި ފައިސާކޮޅު ނުލިބި ހައްޖަށް ނުދެވި މަރުވެ ގޮސްފައިވަނީ ވެސް ކިތަންމެ ބައެކެވެ. 

    ހައްޖަށް މީހުން ފޮނުވާ އަމިއްލަ ޖަމާއަތްތަކުން ފަހަކަށް އައިސް ފައިސާ ނަގަމުން އަންނަނީ ހައްޖަށް ދިޔުމަށް ދައްކަންޖެހޭ އަދަދު އަހަރުތެރޭގައި ބަހާލައިގެން ދައްކާ ނިންމާ ގޮތަށެވެ. ހައްޖަށް ފޮނުވުމުގެ ތަރުތީބު ކަނޑައަޅަނީ ލިބޭ ކޯޓާގެ އަދަދަށް ނިސްބަތްކޮށް ފައިސާ ދައްކާ ނިންމާ ތަރުތީބުންނެވެ. ޖައްޖު ގްރޫޕްތަކުން ނަގާ ފައިދާގެ މަންޒަރު ބަލަން ސަރުކާރަކަށް ނޯވެވުނެވެ.   

    ހައްޖު ކަށަވަރުކޮށް ދިނުމުގެ ނަމުގައި އެންމެ ފަހުން ސަރުކާރުން ހައްޖުކޯޕަރޭޝަން ހަދައިގެން މީހުން ހައްޖަށް ފޮނުވަން ފެށިއެވެ. ހައްޖަށް ދާން ބޭނުންވާ މީހާ ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމުން ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. ހައްޖަށް ދިޔުމަށް މީހަކު ނިޔަތް ގެންފިނަމަ އެ މީހަކަށް ހައްޖު ކޯޕަރޭޝަނުގައި ފައިސާ ޖަމާކުރެވޭނެ ގޮތް ހަދާ ހައްޖަށް ފޮނުވަދޭނެ ކަމަށްބުނެ ފައިސާ ޖަމާކުރުވަން ފެށީއެވެ. 

    ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖުކޮޕަރޭޝަނުގެ ބާރުގެ ދަށަށް ގެނަސް އަމިއްލަ ޖަމާއަތްތަކަށް އެކަށީގެންވާ އަދަދަށް ކޯޓާ ނުލިބޭނެ ގޮތަށް އުސޫލުތައް ބަދަލުކޮށް ތަރުތީބު ކުރީއެވެ. ކުރިއަށް އޮތް ދިހަ އަހަރު މީހުން ހައްޖަށް ފޮނުވިޔަސް ހުސްނުވާ ވަރަށް ހައްޖު ކިޔޫ ދިގުކޮށްލީއެވެ. 

    އެތައްހާސް ބަޔެއްގެ އަތުން ފައިސާ ނަގައިގެން އެތައް މިލިޔަން ރުފިޔާއެއް އެއްކޮށްގެން އޭގެ އިންޓަރެސްޓް ހޯދަމުން އެ ފައިސާއިން ވިޔަފާރިކޮށް ބިންގަނެ ޕްލެޓްއަޅާ ކޯޕަރޭޝަނުގެ މުއައްޒަފުންނަށް ފްލެޓްދީ "ހައްޖު ބޭންކް"އަށް ހައްޖު ކޯޕަރޭޝަން ބަދަލުކޮށްފިއެވެ. 

    އެތައް ހާސް ބަޔަކު ހައްޖަށް ނުދެވިފައި ކިޔޫގައި ބައިތިއްބައިގެނެވެ. ކުރިއަށް އޮތް 5 އަހަރު ތެރޭގައިވެސް ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން ނެތިއެވެ. ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތަކުން ބައެއް ސަރުކާރުގެ ހިލޭ އެހީގައި ހައްޖަށް ފޮނުވާ 50 މީހުންނަށް ނެގުމުން ވެއިޓް ލިސްޓްގައި ތިބި މީހުން ކޮންމެ އަހަރަކު 50 އަދަދު ފަހަތަށް ޖެހެއެވެ. ފައިސާ ދައްކައިގެން އިންތިޒާރުގައި ތިބި އެތައް ބަޔަކު ހައްޖަށް ނުދެވި ދުނިޔެއަޅާ ދަނީ ވެސް މަދެއްކޮށް ނޫނެވެ. 

    ޑރ. ޝަހީމް ލައްވާ ހައްޖު ވިއްކައިގެން މުއިއްޒު ކުރާ ވިޔާފާރިއަކީ ނިޒާމްގެ ތެރެއިން ހިންގާ ވަރުގަދަ ސްކޭމަކަށް ނޫނީ ނުވެއެވެ. މިހާވަރުން ދަންޏާ ނަމާދަށް މިސްކިތަށް އަރާމީހުންގެ އަތުންވެސް ކޮންމެވެސް ނަމެއްގައި ފައިސާ ނެގުމުގެ ސްކޭމެއް ނުހިންގާނެ ކަމެއް ނޭނގެއެވެ. 

    ]]>
    Fri, 17 May 2024 15:01:07 +0500 ނިއުސް ޑެސްކް
    ދުވަހަކުވެސް ޑޮކްޓަރުންނާ ހޮސްޕިޓަލް ގޯހެއް ނުވާނެ! https://heerasnews.com/2471 https://heerasnews.com/2471 ގޯސްވަނީ ޑޮކްޓަރުންނާއި ހޮސްޕިޓަލްއިންކުރާ ނޭއްގާނި ކަންކަމުގެ ވާހަކަ ދައްކާ މީހާއެވެ. ފިޔަވަޅު އަޅާނެކަމަށް އިންޒާރުދެނީ ހޮސްޕިޓަލުގެ އިހުމާލުން ފޫނުބެއްދޭވަރުގެ ގެއްލުން ލިބޭ މީހުންނާއި އެވާހަކަ ދައްކާ މީހުންނަށެވެ. ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ ކުށެއް ނޯވެއެވެ. އުފުލަންޖެހޭ ޒިންމާއެއް ދޭންޖެހޭ ބަދަލެއް އެޅޭ ފިޔަވަޅެއް ނޯވެއެވެ. 

    ވޭތުވެދިޔަ ދިހަވަރަކަށް އަހަރުތެރޭގައި ހޮސްޕިޓަލްގެ އިހުމާލާއި ޑޮކްޓަރުންގެ ނޭއްގާނި އަމަލުތަކުގެ އެތައް މައްސަލައެއް ފެންމަތި ވެފައިވެއެވެ. މީޑިއާއަށް ތިލަނުވެ ހިންދާލެވިފައި ވަނީ އެތައް ސަތޭކަ މައްސަލައެވެ.

    ފެންމަތިވާ ކޮންމެ މައްސަލައަކާ ގުޅިގެން އިންޓާނަލް ތަހުގީގެއް ހޮސްޕިޓަލުން އަމިއްލަ އަމިއްލައަށް ހަދާ ނިންމާލަނީއެވެ. މަދު ފަހަރެއްގައި އިދާރީ ފިޔަވަޅެއް އެޅުނަސް ގިނަކަންކަން ދަނީ ބޯމަތިންނެވެ. ނޫސް ބަޔާނަކުން ނިންމާ ލަނީވެސް މަދެއްކޮށް ނޫނެވެ. އާހިރުގައި ކަންނިމެނީ އަނިޔާ ލިބުނު މީހުންނާއި އެވާހަކަ ދައްކާ މީހުން ކުށްވެރިވެގެންނެވެ.

    ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރި ކަމަށް ބުނެ ހަގީގަތާއި ހިލާފަށް ވާހަކަ ދައްކާކަމަށް ވާނީ މީޑިއާއެވެ. ހޮސްޕިޓަލާއި ޑޮކްޓަރުން ގޯސްކޮށް ކުރާ ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލު ކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށޭ ބުނެ ބޯދަމައިގަތީމާ އެވީއެވެ.

    އައިޖީއެމް ހޮސްޕިޓަލްގައި ވެސް ކަންކަން ތަރުތީބުވެފައި އޮންނަނީ ބަލިހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދާ މީހާއަށް އަވަހަށް ފަރުވާދޭން ފެށުމަށްވުރެ ކުރިއަށް އިދާރީ އިންތިޒާމްތައް ނިންމުމަށެވެ. ކަންކަން ނިމި ފަރުވާއަށް ފެށޭއިރު އޮންނަނީ ވާނެ އެއްޗެއްވެފައެވެ. ބަލިމީހުން ގްރޭޑް ކުރުމުގައި ފަރުވާކުރާ ޑޮކްޓަރަކާ ހަމައަށް ބަލިމީހާއަށް ނުދެވި ކިޔުގައި ތިން ހަތަރުގަޑި ވުމަކީ އާދައެވެ. 

    ސްޕެސަލިސްޓަކަށް އެޕޮއިންޓްމެންޓް ނުލިބި ކިޔުގައި މަސް ދެމަސް މަޑުކުރަން ޖެހެއެވެ. ސްޕެސަލިސްޓް ޑޮކްޓަރުން އައިޖީއެމް އެޗްގައި ދުވާލަކު ބަލާނީ ގިނަވެގެން ފަނަރަ ވަރަކަށް މީހުންނެވެ. ވާނީ އެހެންތާއެވެ. އައިޖީއެމްއެޗްގައި ބަލާ މީހުންގެ އަދަދު މަދުވި ވަރަކަށް ޑޮކްޓަރުންގެ އަމިއްލަ ކުލިނިކް ތަކަށް ދާނެ މީހުން ގިނަ ވާނެތާއެވެ. ސަރުކާރު ހޮސްޕިޓަލްތަކުގައި ކަންކަން އިންތިޒާމު ވެފައި ހުންނަނީ ޑޮކްޓަރުންގެ އަމިއްލަ ކްލިނިކް ތަކަށް ވިޔަފާރި ހޯދާދޭ ގޮތަށެވެ.  

    އަނެއްކޮޅުން މީހެއްގެ ގަޔަށް އެޗްއައިވީ ހުރި ލެޔެއް އެޅުނަސް ނުގުޅޭ ބޭހެއް ދީގެން މީހަކު ހުދުފުށް ވިޔަސް ވަކިކޮށްލަން ނުޖެހޭ ހާލަތެއްގައި މީހެއްގެ ގުނަނެއް ވަކިކޮށްލިޔަސް އުފުލަން ޖެހޭ ޒިންމާއެއް ދޭންޖެހޭ ބަދަލެއް ނޯވެއެވެ. ކުދިކުދި ކަންކަމުން ފެށިގެން މީހުންގެ ފުރާނަ ދިއުން ފަދަ އެތައްކަމެއް ޑޮކްޓަރުންނާއި ހޮސްޕިޓަލްގެ އިހުމާލުން ހިނގާ ނިމި ގޮސްފައި އެބަހުއްޓެވެ. އެތައް އާއިލާއެއް އިޔާދަ ނުކުރެވޭ ބޮޑެތި ހިތާމަތަކާއި ގެއްލުމުގައި އުމުރު ހޭދަކުރާއިރު ނެރެލާ ބަޔާނަކުން ހުރިހާކަމެއް އަބަދަކު ހައްލެއް ނުވާނެއެވެ. 

    ވާޖިބު އަދާކުރުމަށް ހުރަސް އަޅާކަމަށް ބުނެ ބިރުދައްކައިގެން ކަންކަން އޮއްބާލެވޭނީ ވަކިވަރަކަށެވެ. ކަންކަން ފާލުންނައްޓާ މަގުމަތިން އިންސާފު ހޯދަން ބަޔަކު ނިކުތުމުގެ ކުރީން ރާއްޖޭގައި މެޑިކަލް ނެގްލިޖެންސް ގާނޫނެއް ވުޖޫދުކޮށް ސިއްހީ ދާއިރާގައި ހިނގާ ނޭއްގާނި ކަންކަމަށް ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވަން ޖެހެއެވެ. މިނިވަން ފަންނީ ތަހުގީގަކުން ގެއްލުމުގެ ބަދަލު ހޯދާދޭން ޖެހެއެވެ. މެޑިކަލް މާފިޔާ ގޭންގްތަކުން ސިއްހީ ނިޒާމު މިންޖުކުރަން ޖެހެއެވެ.

    ]]>
    Fri, 17 May 2024 12:40:28 +0500 ނިއުސް ޑެސްކް
    އައްޑޫގައިވެސް ތަފާތުކުރުން https://heerasnews.com/2468 https://heerasnews.com/2468 ޒަމާނުއްސުރެ ރާއްޖޭގެ ސަރުކާރުތަކުން ވެރިކަން ހިންގާފައިވަނީ ބައިބައިކޮށް އެއް ބަޔަކު އަނެއްބަޔަކާ ޖައްސައިގެންނެވެ. އެއްރަށް އަނެއް ރަށާއެވެ. މާލެއާއި ރާއްޖެތެރެއާއެވެ. އެގޮތުން މާލޭ ބޭފުޅުންނާއި ރަށްފުށު މީހުންގެ ދަރަޖަ ކުރުމެއް އޮންނަނީ އަށަގަންނަވާފައެވެ.

    މާލެއާއި ރާއްޖެތެރޭގެ ވިސްނުން 90ގެ އަހަރުތަކާ ހަމަޔަށް އައިއިރު ވަރަށް ބޮޑުތަނުން ކުޑަވެފައި އޮތްކަމަށް ގަބޫލު ކުރެވުނެވެ. އެހެންނަމަވެސް އެ ހަގީގަތް ބަދަލުނުވާކަން ލާމަރުކަޒީ ގާނޫނާއެކު ފާޅުވެއްޖެއެވެ.

    މާލެ ސިޓީއަކަށްވެ، ސިޓީ މީހުންނަކީ އެހެން މީހުނަށްވުރެ މަތިވެރިކަމެއް ލިބިފައިވާ ބަޔަކަށްވީއެވެ. ސިޓީގައި އޮންނަ ކުރިއެރުން އެހެން ބަޔަކަށް ހައްގުނޫން ކަމަށް އިހުސާސު ކޮށްދެއެވެ. ރާއްޖޭގެ ރަށްތަކުގެ ތޮބީއަތަށް ބަލާއިރު މަދުތަނަކަށް ނޫނީ ސިޓީގެ ދަރަޖަ ހޯދޭނެ ގޮތެއްވެސް ނެތެވެ. ސިޓީގެ ދަރަޖަ ގާނޫނީ ގޮތުން ދޭންކަނޑައަޅާފައި ހަގީގީ މިންގަޑުތަކަށް ފެތޭ ހަމައެކަނި ތަނަކީ މާލެއެވެ. އެހެންނަމަވެސް ފިއްތުން ތަކާއެކު ބައެއްކަހަލަ ލުއިތައް ދީގެން ސިޓީގެ ދަރަޖަ ބައެއް ރަށްރަށަށް އެބަދެއެވެ. ނަތީޖާއެއްގެ ގޮތުން މަންޒަރު ބަދަލުވަމުންދާ ގޮތާމެދު ވިސްނާލަ ބައްލަވާށެވެ.

    މާލެ ސިޓީގައި ހުރި ކޮންމެ ތަނަކަށް ތަނެއް އަނެއް ސިޓީތަކުގައި ހުންނަން ޖެހޭނެކަމަށް ގަބޫލު ކުރެވެން ފަށައިފިއެވެ. ދައުލަތުގެ މުއައްސަސާތަކާއި ޑިޕޮލޮމެޓިކް މިސަންތަކާއި ވިޔާފާރި މަރުކަޒުތައް ސިޓީތަކުގެ މެދުގައި ހަމަހަމަކޮށް ބަހާލެވިފައި އޮންނަން ޖެހޭނެކަމަށް ވިސްނާ މީހުން މަދެއް ނޫނެވެ.

    ތިލަފަތް ހަމަކުރަން އެންމެ ބޮޑަށް ވަކާލާތު ކުރެވޭތަން ފެންނަނީ އައްޑޫއިންނެވެ. އައްޑޫގެ ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އައްޑޫގެ ތަރައްގީގެ ފުރުސަތުތަކަށް މާލޭ ސަރުކާރުން އަބަދުވެސް ހުރަސްއަޅައެވެ. ސަރުކާރުން އައްޑޫގައި ކަމެއްކުރިޔަސް ކުރަނީ އަމާކީތީ ފަރަށްދާ އުސޫލުން ކަމަށް އައްޑޫ ގިނަ ބަޔަކު ދެކެއެވެ.

    މާލެއާއި އައްޑޫގެ ތަފާތު ކުރުމުގެ ވާހަކަ ދައްކާއިރު އައްޑޫން ވެސް ތަފާތުކުރުން ފެންނަލެއް ކުޑައެއް ނޫނެވެ. ސަބަބުތައް ބައިވަރު ހުރީމައެވެ. އައްޑޫ ބައެއް މީހުން ދެކޭގޮތުގައި އެއީ އައްޑޫ ސިޓީއެއް ނޫނެވެ. ހިތަދޫ ސިޓީއެވެ. ހިތަދުއާއި ގުޅިފައިވާ ރަށްރަށާއި ހިތަދޫއާއި ތަފާތު ކުރުން ބޮޑު ކަމުންނެވެ. ކަނޑު ހުރަސްކޮށް ދާންޖެހޭ ހުޅުމީދޫ އަކީ ރަށްފުށް ކަމަށް ބެލެވޭ ގޮތަށް މައިސިޓީގައި ގްރޭޑް ކުރެވިފައި އޮތް އޮތުން ބޮޑުކަމުންނެވެ.

    އައްޑޫ ސިޓީގެ ރަށްރަށު ގިނަ މީހުން ދެކޭގޮތުގައި ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އޮވެގެން ރަށްރަށް ހިންގުން ސިޓީ ކައުންސިލަކުން ހިންގުމަށްވުރެ ނަތީޖާ މާރަނގަޅެވެ. ރައްޔިތުންނަށް ހިދުމަތް ހޯދުމާއި ކަންކަން ކުރުމަށް މާފަސޭހައެވެ. އެވާހަކަތަކަށް ބާރުލިބޭ ހެކިވެސް އެހާމެ ގިނައެވެ. އެހެން ކަމުން އެނގިކަށަވަރުވަނީ ތޮބީއަތާ ހިލާފު ނިޒާމަކުން ނަތީޖާ ހާސިލު ނުކުރެވޭނެ ކަމެވެ. 

    ]]>
    Tue, 14 May 2024 11:34:28 +0500 ނިއުސް ޑެސްކް
    ފަސް މިލިޔަން ޑޮލަރަށް ތިންވަޒީރުކަން ރޯ އެޖެންޓަކަށް!؟ https://heerasnews.com/2465 https://heerasnews.com/2465 ރާއްޖޭގައި އޮންނަ މަޝްހޫރު ހޮޓަލް ޗޭނެއްގައި ވަޒީފާ އަދާކުރަން އުޅުނު ސަލީލް ކިޔާ އިންޑިއާ ރައްޔިތަކަށް މުއިއްޒު ވަޒީރުކަމުގެ ޕޯޓިފޯލިއޯ ތަކެއް ވިއްކާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ. ބުނެވެދިޔަ ސަލީލަކީ މިހާރު ރާއްޖޭގެ ގިނަ ރިސޯޓް ތަކެއްގެ ހިއްސާ އޮންނަ މީހެއްކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީލަކީ އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ)އަށް މަސައްކަތް ކޮށްދޭ އެޖެންޓެކެވެ. 

    ރައީސް މުއިއްޒަކީ ވެރިކަމަށް އައިއިރު އެޔެއް މިޔެއް އެމީހެއް މިމީހެއް ނޭގޭ މީހެއްކަމުން މުއިއްޒު ކެބިނެޓްގެ ގިނަ މިނިސްޓަރުންނަކީ މުއިއްޒަށް ފައިސާ ދީގެން ވަޒީރުކަން ގަނެގެން އުޅޭ ބައެއްކަމަށް ވަނީ ކަށަވަރުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތިގެން ދޫކޮށް ނުލެވުނު ތިން މީހުންނަކީވެސް މަގާމު ގަނެގެން އުޅޭ ބައެއްކަމުން މުއިއްޒަށް އެމީހުން ދޫކޮށް ނުލެވިގެން އުޅެނީއެވެ. 

    ބަންޑާރަ ނައިބު ކަމަކީ ކާނަލް ނާޒިމަށް ވިއްކާފައި އޮތް މަގާމެކެވެ. އިސްލާމިކް މިނިސްޓަރުކަން ވެސް ޑރ. ޝަހީމް އުޅެނީ ގަނެގެން ކަމަށްވެއެވެ. ޔޫތު މިނިސްޓަރ ކަމަކީ ކެންޕޭންގައި ސަންގު ނޫހުން ގަނެފައިވާ މަގާމެކެވެ. ހައިދަރާއި އާދަމް ނަސީރާއި ވަޒީރުކަން ހޯދީ ސިޓީ ކައުންސިލްގައި ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. އެނޫންވެސް އެތައް ވަޒީރުކަމެއް ދީފައިވަނީ އެކިއެކި ޑީލުގެ ދަށުންނެވެ.

    އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ)ގެ އެޖެންޓް ސަލީލު މެދުވެރިކޮށް އިންޑިއާއިން ޑިފެންސް މިނިސްޓަރ ކަމާއި ފޮރިން މިނިސްޓަރ ކަމާއި ޓުރިޒަމް މިނިސްޓަރުކަން ގަނެފައިވާ ކަމަށް ޗައިނާގެ ޖާސޫސީ ސޯސްތަކުން ކަށަވަރު ކޮށްދެއެވެ. ހުރިހާ ޑީލެއް ހަދާފައިވަނީ އަދުރޭ މެދުވެރިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ މަގާމުތައް ވިއްކުމަށް ތިން މިލިޔަނާއި ފަސް މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ސަލީލް އަތުން މުއިއްޒު ނަގާފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ. 

    އިންޑިއާ އައުޓު ކުރަން ވެރިކަމަށް އައި ބައެއްގެ ފަރާތުން މިހާރު ފެންނަމުންދާ ކަންކަމުން އެ ތުހުމަތު ތަކަށް ބާރު ލިބެއެވެ. ރާއްޖެއަށް ކިތަންމެ ބޮޑު ހުތުރެއް ލިބުނަސް ޓޫރިޒަމް މިނިސްޓަރ ފައިސަލަށް އެޅޭނެ ފިޔަވަޅެއް މުއިއްޒަކަށް ނުއޮންނާނެއެވެ، އެއަށްވުރެ ބޮޑަށް މުއިއްޒު ހުރީ ސަލީލްގެ ދަށުވެފައެވެ. 

    ]]>
    Mon, 13 May 2024 13:51:44 +0500 ނިއުސް ޑެސްކް
    މޯދީ ގެރިއަށް އަޅުކަން ކުރާކަމަަކަށް މިހާރަކުނުވޭ! https://heerasnews.com/2463 https://heerasnews.com/2463 މުއިއްޒު ވެރިކަމަށް އިންތިހާބުވުމުންވެސް އަލް ޖަޒީރާގައި ބުނީ ސާފު އަދަދު ނޭނގުނަސް 2000އަށްވުރެ ގިނަ އިންޑިޔާ ސިފައި ރާއްޖޭގައި ތިބި ކަމަށެވެ. ވެރިކަމަށް ހުވާކުރުމާއެކު އެ އެންމެން ބާލާނެ ކަމަށް ވެސް ބުންޏެވެ. އެވަރުން ފުއްދާލީއެއް ނޫނެވެ. ވެރިކަމަށް ހުވާކޮށްފައި ދިން ތަގުރީރުގައިވެސް ދެއްކީ އެވާހަކައެވެ. އިންޑިއާއިން ރާއްޖޭގެ ސިޔާދަތަށް އަރައި ގަންނަމުން ދާވާހަކަ އަޑަށް ބަރުލާފާ ދެއްކިއެވެ.   

    ކުރީ ސަރުކާރުގެ ވެރިންނަށް އިންގޮނޑިން ތެދުވެ އަނެއް ގޮނޑިއަކަށް ދެވެނީވެސް އިންޑިޔާ އެންބަސީގެ ހުއްދަ ލިބިގެން ކަމަށް ބުނެ އަނގަފުޅާ ކުރީވެސް މުއިއްޒެވެ. ވެރިކަން ލިބުނު ވެސް ފަހުންނެވެ. ސައިޒުން ކިތަންމެ ކުޑަޔަސް ރާއްޖެއަކީ އިންޑިއާގެ ބެކްވާރޑްގައި އޮތް ގައުމެއް ނޫންކަމަށާއި އިންޑިއާއިން ރާއްޖެއަށް ބްލީ ކުރާކަމަށް ބުނީ ދެވަނަ މީހެއް ނޫނެވެ. ރައީސް މުއިއްޒެވެ. 

    އިންޑިއާ އައި ދެކޮޅަށް ވައްވައް ނުޖަހާ މީހަކު މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމަކަށް ކުފޫ ހަމައެއް ނުވެއެވެ. ޝިއުނާއެއް މަލްޝާއެއް ކިޔާނެކަމެއް ނެތެވެ. ދެންމެ ދެންމެ ހިވީ އިންޑިއާ އާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކޮށްފާނެހެންނެވެ. އެހާވެސް ފަލަކޮށް ސިޔާދަތުގައި ރަތް ރޮނގު އޮތީ ދަމާފައެވެ. 

    ތުރުކީއަށާއި ޗައިނާއަށް ދަތުރެއް ކޮށްލެވުނީމާ ވަކީން ހީވީ ދުނިޔެ ރަންވިހެންނެވެ. އޭރު ބުނަމުން އައީ ކޮން އިންޑިއާއެއް ހެއްޔެވެ. ބަލިމީހުން އާސަންދައިން އިންޑިއާއަށް ފޮނުވުން ހުއްޓާލާ ދޭޝް8 ގައި ބަލިމީހުން ގެންދާނީ ބެންކޮކަށް ކަމަށް ބުންޏެވެ. އާސަންދައިގެ ދަށުން ބޭސްކުރުން އިންޑިއާގެ ބަދަލުގައި ބެންކޮކާއި ދުބާއީން ހަމަޖައްސާނެ ކަމަށް ބުންޏެވެ. ނުވިތާކަށް ރާއްޖޭގެ ރަސްމީ މައި ހޮސްޕީޓަލަކީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ނޫންކަމުގައި ނިންމާ ރަސްމީ މައި ހޮސްޕިޓަލަކީ ދަރުމަވަންތަ ކަމަށް ހަމަޖެއްސިއެވެ. 

    އެއަރ އެންބިއުލާންސް ހަދާ ދަތުރުތައް ލަންކާއަށް ކުރަން ފެށިއެވެ. ދުބާއީއާއި ބެންކޮކަކަށް އަދި އެންމެ ދަތުރެއްވެސް އެއަރ އެމްބިއުލާންސް ނުކުރެއެވެ. އަނެއްކޮޅުން އާސަންދައިން ފަތުއަޑު ކިޔާފައި އިންޑިއާއަށް ބޭހަށް މީހުން ފޮނުވުމެއް ނުހުއްޓުވުނެވެ. 

    ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑު މެދުނުކެނޑި ތުރުކީން ލިބޭނެ ކަމަށްވެސް ބުންޏެވެ. ހުސްވި ޑިސެމްބަރުގައި ކާޑު ބަރުކޮށްގެން ތުރުކީން ރާއްޖެއަށް ނައްޓާލި ބޯޓު އަދި ބަނދަރު ނުކުރެއެވެ. ފިޔައާއި ބިހާ އަލުވި ޕާކިސްތާނުން ގެނެސް ދަތިނުވެ ލިބެން ހުންނަ ގޮތް ހަދާކަމަށް ބުންޏެވެ. އެބުނި ޕާކިސްތަނު ޝިޕްމަންޓްތައް ދިޔައީ ކަންދަހާރަށް ނޫންކަމެއް ނޭގެއެވެ. 

    މުއިއްޒު ރާއްޖެއާއިގެން އިންޑިއާ ނޫންގޮތެއް ހޯދަން ތެޅެގަތްގަތީނުން ފޭބީ ހުޅުނބެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އައި ބަޔަކު އައިސް މުއިއްޒަށް ކުޑަ މިސުރު ދައްކާލުމުން ކީހާޅެން ފަރިއްސަށްވެ ނިމުނީއެވެ. ގޮތް ހުސްވެ އަތްފައި ފިނިވީއެވެ. އިންޑިއާ އެޅިހާ ބަތަކަށް މުއިއްޒަށް ޖެހުނީ ރިހަވާށެވެ.

    ބާލަން ގަދަފައި ވިއްދި އިންޑިއާގެ ހެލްކޮޕްޓަރުތަކާއި ޑޯނިޔާ ބޯޓު ޖެހުނީ ބާއްވާށެވެ. މަދަނީންގެ ނަމުގައި އަސްކަރީ މީހުން ގެނެސްގެން ޖެހުނީ ބައިތިއްބާށެވެ. ސެނަހިޔާއިން އެންމެ އަސްކަރީ ޑޮކްޓަރަކުވެސް ފޮނުވައެއް ނުލެވުނެވެ. އިންޑިއާގެ ފިޔާ ކޯޓާ ދޫކޮށްލާ ދިނުމަށް ޖެހުނީ އާދޭސް ކުރާށެވެ. އިންޑިއާގެ ލޯނުތައް ރިޝެޑިއުލުކޮށް ދަންމާލުމަށް ދެފައިތަޅާ ޖެހުނީ ރޯށެވެ. 

    އިންޑިއާއިން ފައުޖުތައް ގެނެސް ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަން އެއްވެސް އިރަކު އުޅުނު ކަމަކަށް މިހާރަކު ނުވެއެވެ. އިންޑިއާއި ރާއްޖޭގެ ގުޅުން އެއްވެސް ވަރަކަށް ގޯސް ވީކަމަކަށްވެސް މިހާރަކު ނުވެއެވެ. އިންޑިއާގެ ފަތުރުވެރިން ރާއްޖެ ބޮއިކޮޓް ކުރި ކަމަކަށްވެސް ނުވެއެވެ. އިންޑިއާއިން ފަތުރުވެރިން ރާއްޖެ ގެނައުމަށް ދެފައިމައްޗަށް ތިރިވެ ސަލާން ޖަހަނީއެވެ. މިހާރަކު މޯދީ ގެރިއަށް އަޅުކަންކުރާ ކަމަކަށްވެސް ނުވެއެވެ.  

    ]]>
    Sun, 12 May 2024 02:51:02 +0500 ނިއުސް ޑެސްކް
    އިންޑިއާ ސިފައިނެއް ނޫން ހަލް & އެމްއެންޑީއެފެއް ނޫން ސިފްކޯ https://heerasnews.com/2462 https://heerasnews.com/2462 ރާއްޖޭގައި ދުއްވާ އިންޑިއާގެ ދެހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވާނީ ހިންދުސްތާން އެއޮރޯނޮޓިކްސް ލިމިޓެޑް (ހަލް) އިންކަމުގައި ހީރަސް ނިއުސް ވާނީ އިއްޔެ ހަމަ ކޮށްފައެވެ. އެކަން ރާއްޖޭގެ ދިފާއީވަޒީރު މިއަދު އެވަނިީ ކަށަވަރުކޮށް ދެއްވާފައެވެ.

    ރާއްޖޭގެ ދިފާއީ ވަޒީރު ގައްސާނު މައުމޫނު ވިދާޅުވިގޮތުގައި "އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ތިބީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން" އެވެ. ދިފާއީ ވަޒީރު އެހެން ވިދާޅުވާއިރު އަސްކަރީ އުޅަނދު ފަހަރަކީ އަސްކަރީ ތަމްރީނު ހަދާ ހުވާކޮށްގެން ތިބި އަސްކަރީންނަށް ނޫނީ ދުއްވޭނެ އެއްޗެއް ނޫންކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. 

    ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލި ކަމަށްވަނީ އިންޑިއާގެ އަސްކަރީ އުޅަދުތައްވެސް ފޮނުވާލުމުން ކަމަށް ގިނަބަޔަކު ދެކެއެވެ. ޔުނީފޯމް އަޅައިގެން ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު އަސްކަރީ އުޅަނދުތައް ދުއްވަން މަދަނީ މީހުންގެ ނަމުގައި ގެނައިވެސް އަސްކަރީންނެވެ.

    ސިފައިންގެ ބަދަލުގައި މިހާރު ތިބީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުންނޭ ގައްސާނު ވިދާޅުވާއިރު އެ ވިދާޅުވާ ކުންފުންޏަކީ އިންޑިއާގެ ދިފާއީ ވުޒާރާގެ އެއް ފިޔައެވެ. އަސްކަރީ ވައިގެ އުޅަނދު ފަހަރާއި އާލާތް އުފައްދާ އަސްކަރީ ކުންފުންޏެވެ. ކުންފުނީގައި މަސައްކަތް ކުރަނީ އަސްކަރީ ސިއްރުތައް ހިފަހައްޓާން ހުވާކޮށްގެން ތިބި އަސްކަރީ ފަންނާނުންނެވެ. އާއްމު މަދަނީ މީހުނެއް ނޫނެވެ. 

    އަސްކަރީ ވައިގެ އުޅަނދު ފަހަރާއި އާލާތް އުފައްދާ އަސްކަރީ ވިންގުގައި މަދަނީ ބޯޑް އަޅުވާފައި އޮންނަނީ ގަނެވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ސީދާ ދިފާއީ ވުޒާރާ ނުވަނުމަށްޓަކައެވެ. ވައިގެ މަގުން އިންޑިއާގެ އަސްކަރިއްޔާއަށާއި ޖާސޫސީ އިދާރާ (ރޯ) އަށް ބޭނުންވާ މައުލުމާތު ހޯދާ ރައްކާކޮށް ބަދަލުކުރާ އެންމެ ޒަމާނީ ވަސީލަތާއި ޓެކްނޮލޮޖީއާއި ސްފްޓްވެއަރ އުފައްދާ ޑިވްލޮޕްކޮށް ފޯރުވާދެނީ ހިންދުސްތާން އެއޮރޯނޮޓިކްސް ލިމިޓެޑް (ހަލް)އިންނެވެ. 

    ތިބި އިންޑިއާ ސިފައިންކޮޅު ފޮނުވަލާފާ މަދަނީންގެ ނަމުގައި މިގެނައީ ހަގީގަތުގައި މާ ނުރައްކާތެރި ބައެކެވެ. ހިންދުސްތާން އެއޮރޯނޮޓިކްސް ލިމިޓެޑް (ހަލް)އެވެ. ސަރުކާރުން އެބުނަނީ އެއީ ސިފައިން ނޫންކަމަށެވެ. ސަރުކާރުން އެބުނާ ބުނުމަކީ ދިވެހި ސިފައިންނެއް ނޫނޭ ސިފްކޯއޭ ބުނުން ކަހަލަ ވާހަކައެކެވެ.

    ]]>
    Sat, 11 May 2024 20:39:09 +0500 ނިއުސް ޑެސްކް
    ޒަމީރާއި ގައްސާނު ލައްވާ މުއިއްޒު ބޮލާފޮށާ އަޅުވައިފި! https://heerasnews.com/2461 https://heerasnews.com/2461 ހާސްހާހުން ރާއްޖޭގައި ތިބިކަމަށް ޑރ މުއިއްޒު ބުނި އިންޑިޔާ ސިފައިން ބިންފަޅާ އަޑިއަށް ދިޔައީހެއްޔެވެ. އެމީހުން ކަނޑުވެ ގަރަގުވީ ހެއްޔެވެ. ނޫނީ ވަޔަށް ވެގެން ޖައްވައް އަރާ ހުސްވީހެއްޔެވެ. ހަނިމާދޫއާއި ކައްދޫއާއި އައްޑޫގައި އެތަންތާނގެ ރައްޔިތުންނަށް ވުރެ ގިނައިން އިންޑިއާ ސިފައިން ތިބެގެން ރޭނިދި ނުދިގެން އުޅުނު މުއިއްޒާއި ގައްސާނުމެނަށް މިވީ ކިހިނެއް ހެއްޔެވެ. 

    އައްޑޫގައި ހެދި ޕޮލިސް އެކަޑަމީއަކީ އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ކަމަށް ހަދައިގެން އުޑުގަ ޖެހިފަ ބިމުގަ ޖެހުނީވެސް މުއިއްޒުގެ ބައިގަނޑެވެ. މަޑުވި ގޮތަކަށް އެއަޑު މަޑުވެ އެއީ ނުވާކަމަކަށް ހެދީވެސް އެބައިގަނޑެވެ.   

    އުތުރު ތިލަފަޅުގައި އިންޑިއާއިން ހެދި އަސްކަރީ ބޭސް ޖާދޫގަރަކު ގެއްލުވާލީ ހެއްޔެވެ. ހަނިމާދުއާއި ކައްދުއާއި ގަމުގައި ބަނޑަހަ ޖަހައިގެން ތިބިހާ އިންޑިޔާ ސިފައިންނަށް މިވީ ކިހިނެއް ހެއްޔެވެ. އެތައް ހާސް ސިފައިން ފޮނުވައިގެން ރާއްޖެ އަޅުވެތިކުރަން އިންޑިއާއިން ކުރިހާ މަސައްކަތް ތޮޅިއަށް ދިޔައީ ހެއްޔެވެ. 

    ސެނެހިޔާގައި ޔުނީފޯމް އެޅި އިންޑިއާ ސިފައިން އުޅޭތީ ދެފައިކައިރި ނުވެގެން އުޅުނު ބައިގަޑަށް އެކަން އޯކޭވީ ކިހިނެއް ހެއްޔެވެ. ސެނެހިޔާގައި އިންޑިޔާ ސިފައިން ތިއްބަސް ގައުމީ ސަލާމަތަކަށް ނުރައްކަލެއް މިހާރަކު ނެތޯލައެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. ހަތިޔާރު އެޅި އިންޑިޔާ ސިފައިންގެ އެކަކުވެސް ރާއްޖޭގައި ނެތް ވާހަކަ ކުރީގެ ސަރުކާރުން ނުބުނޭ ހެއްޔެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓުގެ އޮޕަރޭޝަންގައި ތިބި 77 އިންޑިއާ ސިފައިން ނޫން ބަޔަކަށް ތިބީ ސެނެހިޔާ ހޮސްޕިޓަލްގައި މަސައްކަތްކުރާ ހައެއްކަ މީހުންނެކޭ ރައީސް ސޯލިހު ސަރުކާރަކުން ނުބުނޭ ހެއްޔެވެ. އެދުވަހު ކަންފަތް ހުރީ ބައްވެފަހެއްޔެވެ.

    ސިފައިން ތަކެއް ބައިތިއްބައިގެން އިންޑިޔައިން ރާއްޖެއަށް އަތްގަދަ ކުރަން ނޫޅޭކަން މޫސާ ޒަމީރަށް އެނގުނީ އަދި ކިރިޔާ ހެއްޔެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ކުރިން ތިބެވުނީ ލޮލަށް މިރުސް އެޅިފައި ދޮތައެވެ. އިންޑީޔާ އާއި ރާއްޖޭގެ ގުޅުން ގުރުބާން ކޮށްގެން ވެސް އޭރު ބޭނުންވީ ވެރިކަމަށް ވީމާ ވާނީ އެހެންތާއެވެ. ވެރިކަމަށް އައިސް ބަލާލިއިރު އިންޑިޔާ އާއި ނުލާ ވެރިކަން ކުރެވެން ނެތްކަން އިހުސާސްވެ ފައިބުޑަށް ވެއްޓި ގެރިގޮރު ވިޔަސް ބޯންޖެހޭ ހިސާބަށް ދިޔައިމާ ކުރާނެ ކަމެއް ނުއޮންނާނެތާއެވެ. އެންމެފަހުން ހެދިހާ ދޮގުތައް އަމިއްލައަށް ހާމަކޮށް ރީތި ބަރަހަނާއަކުން ބަރަހަނާވެ ނިމެނީއެވެ.

    ކުރިންވެސް ރާއްޖޭގައި ތިބީ ސަރަހައްދު ބެލެހެއްޓުމާއި ކުއްލިނުރައްކަލުގެ ހާލަތުގައި ބޭނުންކުރާ ވައިގެ ތިން އުޅަނދު ހިންގާ ބެލެހެއްޓުމަށް ކޮންމެހެން ތިބެންޖެހިގެން ތިބި 77 މީހުންކަން އޭރަކު މުއިއްޒުގެ ބައިގަނޑަކަށް ގަބޫލެއް ނުކުރެވުނެވެ. ގަބޫލު ކުރާކަށް ބޭނުމެއް ވެސް ނުވިއެވެ. އެކަމަކު ކުރިންވެސް އެކަންކުރީ ރަނގަޅަށް ކަމަށް ބުނަން މިހާރު މަޖުބޫރެވެ. އެންމެފަހުން އިންޑިޔާއިން ޒަމިރާއި ގައްސާނު ލައްވާ ނިކަން ރަނގަޅަށް މުއިއްޒު ބޮލަފޮށާ އެޅުވީއެވެ. 

    ]]>
    Sat, 11 May 2024 18:02:46 +0500 ނިއުސް ޑެސްކް
    މަޖިލީހުގެ ރިޔާސަތު: މުއިއްޒު ވެރިކަމުގެ ދިފާއީ އައްޑަނަ! https://heerasnews.com/2460 https://heerasnews.com/2460 ބޮޑު މެޖޯރިޓީއާއި އެކު ރައީސް މުއިއްޒު ސަމާސާ ކުރައްވާނެ ކަމަކަށް ނުބެލެވެއެވެ. ނަފާވެރި ހެޔޮވެރިކަމެއް ކުރެއްވުމުގެ ނިޔަތް ރައީސް މުއިއްޒުގެ އޮންނާނެ ކަމަށް ދެކެމީހުން މަދެއް ނޫނެވެ. ރެފްރީއަށް ނުފެނި އަތުންވިޔަސް ގޯލެއް ޖަހައިފިއްޔާ ވާނީ ގޯލަކަށެވެ. ހުސްގޮނޑި ދައްކައިގެން ފޮޓޯއެއްގެ ނިވަލުން ވިޔަސް ވެރިކަން ލިބުނީ ރައީސް މުއިއްޒަށެވެ. މުއިއްޒަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. 

    ރައްޔިތުންގެ ގިނަ އުންމީދުތަކެއް މުއިއްޒާ ގުޅިފައިވެއެވެ. ރައީސް މުއިއްޒު ވިދަޅުވާ ގޮތުން ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވާދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެންނެވެ. ރައީސްގެ އެދިވަޑައިގެން އެދިވަޑައިގަތުން ރައްޔިތުން ބަލައިގަތީ ލޮލުން ބޮލުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީ ރައީސަށް އޮތީ ދީފައެވެ. 

    ކިތަންމެ ބޮޑު މެޖޯރިޓީއެއްއޮތަސް މަޖިލީހުގެ ރިޔާސަތަށް އަންނަ މީހެއްގެ ގޮތުން ކަންކަން ފާލުން ނައްޓާލާ ސަރުކާރު ހިންގުމަށް އޮތް ގޮއްރާޅަކަށް މަޖިލިސް ވެދާނެއެވެ. މަޖިލީހުގެ ރައީސަކީ އަގުޅިނެތް ކަންނޭލަކަށް ވެއްޖެނަމަ ގައުމު ހަރާބުގެ މަގަށް ސޮއްސާލުން ވަރަށް ކައިރިއެވެ. އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީއަށް ލިބުނު މަޖިލިސް މެޖޯރިޓީގެ ނަފާ ސަރުކާރަށާއި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތުގައި ނުކުރީ މަޖިލީހުގެ ރިޔާސަތަށް އިސްކުރެވުނުގެ ބައެއްގެ ސަބަބުންނެވެ. އެމްޑީޕީ ކުރި އެހިތި ތަޖުރިބާ ރައީސް މުއިއްޒު ކުރައްވާކަށް ބޭނުންފުޅެއް ނުވާނެއެވެ. 

    ޕީއެންސީގެ ބޮޑު މެޖޯރިޓީ އޮތް މަޖިލީޙުގެ ރިޔާސަތަށް އަންނާނެ ކަމަށް ބެލެވޭ ދެތިން ބޭފުޅެއްގެ ވާހަކަ ތުންތުންމަތިން އެބަ ކިޔައެވެ. ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުއްލާއާއި މަޑުއްވަރީ ދާއިރާގެ މެންބަރ އަހުމަދު ނާޒިމާއި ނިލަންދޫ ދައިރާގެ މެންބަރު ފާތިމަތު ސައުދާއެވެ. 

    އަބްދުއްރަހީމް އަބްދުއްލާއަކީ ރައްޔިތުންގެ މަޖިލިސްގެ މެންބަރު ކަމުގެ ތަޖުރިބާ މީގެކުރީންވެސް ކޮށްފައިވާ ބޭފުޅެކެވެ. ރިޔާސަތު ބެލެހެއްޓުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ރުންކުރު ބޭފުޅެކެވެ. ރައްދު ދިނުމާއި ޖަދަލު ކުރުމުގެ މާޒީއެއް އޮތް ބޭފުޅެކެވެ. އިލްމީގޮތުން ބައިނަލްއަގުވާމީ ދަނޑުގައި ފައިހަމަ ކޮށްލެވޭ ވަރުގެ އިލްމީ ބޭފުޅެއް ނޫނެވެ.

    އަނެއްކޮޅުން ރައީސް މައުމޫނުގެ ލޯޔަލިސްޓެއްގެ ގޮތުން މަޝްހޫރުވި އަދުރޭ ފަހުން ވެގެން ދިޔައީ ރައީސް ޔާމީނަށް އެންމެ ވަފާތެރި އެހެނަސް ރައީސް މައުމޫނަށް ބޭވަފާތެރި ބޭފުޅަކަށެވެ. އާހިރުގައި ރައީސް ޔާމީނަށް ދޯކާދީ ރައިސް މުއިއްޒުގެ ރޯލުމޮޑެލަށް ވެވަޑައިގެން ހުންނެވި އަދުރޭ މާދަމާ ހުންނަވާނީ ކާކާއެކު ކޮން ސިފައެއްގައި ކަމެއް އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. ހަމަ އެހެންމެ މުއިއްޒުގެ ސަރުކާރުތެރެއަށް އަދުރޭގެ މަސްލަހަތުގައި އެތައް ބަޔަކު ލާންޖެހި މުއިއްޒުގެ ސަރުކާރުގެ މަތިބަރުވުމުގެ ސަބަބަކަށް އަދުރޭވެފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދުރޭއަށް ލިބިއްޖެނަމަ ރައީސް ސޯލިހަށް ރައީސް ނަޝީދާ ހެދި ޖެހުނު ދަތުރު ރައީސް މުއިއްޒަށް ނުޖެހިއެއް ނުދާނެއެވެ. ރައީސް މުއިއްޒު އެހާ މޮޔައެއް ނުވާނެއެވެ. 

    ރައީސް މުއިއްޒަށް އެންމެ ރަނގަޅަށް ހެޔޮވެރިކަމެއް ކުރެއްވޭނީ ދެބެންގެ ދެދަރި ބޭބޭފުޅު ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް (ނަމިރާ ނާޒިމް)އަށް މަޖިލީހުގެ ރައީސްކަން ލިބިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ގިނަ ދައުރުތަކެއް ފުރިހަމަ ކުރައްވާ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ނަމިރާ ނާޒިމަށްވުރެ މަޖިލީހުގެ ރިޔާސަތަށް ކުފޫހަމަ ދެވަނަ ބޭފުޅަކު މިވަގުތަކު ނެތެވެ. އިލްމީގޮތުންވެސް މަތީތައުލީމާއި ޕާލަމެންޓަރީ ތަޖުރިބާއިން މުއްސަދި ނާޒިމަކީ ބައިނަލްއަގުވަމީ ދުނިޔޭގައިވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކަރާމާތް ހިފަހައްޓާ ދެއްވޭވަރުގެ ގާބިލު ބޭފުޅެކެވެ. ރައީސް މުއިއްޒާ ލޭގެ ގުޅުންއޮތް ރާއްޖޭގެ ސިޔާސީ ތަޖުރިބާ ކާރެކެވެ. 

    ރައީސް މުއިއްޒުގެ ވެރިކަމުގެ ހައިބަތާއި ރައީސް މުއިއްޒުގެ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަކޮށް ތަންފީޒު ކުރުމަށް މަޖިލީހުގެ ރިޔާސަތަށް އަހުމަދު ނާޒިމަށް ވުރެވަކީން ރަނގަޅު މީހަކު ނެތެވެ. މަޖިލީހުގެ ރިޔާސަތަކީ ރައީސް މުއިއްޒަށް ވަފާތެރި ރިޔާސަތަކަށް ހެދުމަށްޓަކައިވެސް މަޖިލީހުގެ ރައީސްކަމަށް ރައީސް މުއިއްޒުގެ ބޭބޭފުޅު އަހުމަދު ނާޒިމް އިސްކުރުން މުހިންމެވެ. ނައިބްރައީސް ކަމަށް ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އިސްކޮށްގެން ރައްޔިތުގެ މަޖިލީހަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ދިފާއީ އައްޑަނައަކަށް ހެދޭނެއެވެ.           

    ]]>
    Sat, 11 May 2024 16:26:42 +0500 ނިއުސް ޑެސްކް
    ނަމުން އިންޑިއާ އައުޓްކޮށްފައި ގެނައީ ކޮންބައެއްކަން އެނގޭތަ! https://heerasnews.com/2459 https://heerasnews.com/2459 އިންޑިއާސިފައިން ތިބެގެން ފަޔަށް ހިނިއަރައިގެން ވެރިކަން ހޯދި މުއިއްޒު އިންޑިއާ ސިފައިން ބާލާފާ ހެލްކޮޕްޓަރ ދުއްވަން މިގެނައީ ކޮން ކަހަލަ މަދަނީންނެއް ހެއްޔެވެ. ހަގީގަތުގައިވެސް ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އަކީ މަދަނީން ހެއްޔެވެ. 

    ސަރުކާރުގެ ރަސްމީ އޮނިގަނޑުގެ ތެރެއިން ވިޔަފާރި ނުކުރެވޭތީ ކޮންމެ ދައުލަތަކުން ވެސް ސަރުކާރުގެ ކުންފުނިތައް ހަދައިގެން ވިޔަފާރި ކުރެއެވެ. ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާގައި ހިންގާ ކުންފުނިތަކާ ސަރުކާރާ އެއްވެސް ތަފާތެއް ނޯވެއެވެ. 

    އިންޑިއާއަކީ ވައިގެ އުޅަނދު އުފެއްދުމުގެ ގާބިލުކަން ލިބިފައިވަ ގައުމެކެވެ. ވައިގެ އަސްކަރީ އުޅަނދު ފަހަރު އުފެއްދުމުގެ ގާބިލުކަން އިންޑިއާއަށް ލިބިފައިވެއެވެ. އެހެން ކަމުން އެގައުމުގެ ބޭނުމަށް އުފައްދަންވާ ވަރަށް އުފައްދަމުން ސަރުކާރު ނޫން އަމިއްލަ ކުންފުނިތަކާއި އެހެން ގައުމުތަކާއެކު މަދަނީ އަދި އަސްކަރީ ވައިގެ އުޅަނދުގެ ވިޔަފާރި ކުރުމުގެ ބޭނުމުގައި "ހަލް" ހިންގިޔަސް "ހަލް"އަކީ އިންޑީއާ އަސްރިއްޔާގެ ބައެއް ނޫން ކަމަކަށް ނުވާނެއެވެ.  

    އާނއެކެވެ. ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އަކީ ހިންދުސްތާނު ދައުލަތުގެ ވައިގެ އުޅަދު ފަހަރާއި ސަލާމަތީ އުޅަދު ފަހަރު އުފައްދާ ހިންގާ ބަލަހައްޓާ ކުންފުންޏެވެ. އިންޑިއާގެ ހަނގުރާމަމަތީ ވައިގެ އުޅަނދު ފަހާރާއި ޖާސޫސީ ވައިގެ އުޅަދުފަހަރު އުފައްދަނީވެސް ހަލް އިންނެވެ. ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އަކީ މައި އޮފީސް ބެންގަލޫރުގައި ހުންނަ ސައްތައިން ސައްތަ އިންޑިއާ ސަރުކާރުގެ (ދައުލަތުގެ) ކުންފުންޏެކެވެ. 23 ޑިސެމްބަރ 1940 ގައި އުފެދުނު އެޗް.އޭ.އެލް އަކީ ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް އެއަރޮސްޕޭސް އާއި ދިފާއު އުފައްދާ އެއް ކުންފުންޏެވެ.

    އެޗްއޭއެލް އިން މަތިންދާބޯޓު އުފައްދަން ފެށީ 1942 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާގެ ވައިގެ ސިފައިންނަށް ހާރލޯ ޕީސީ-5އާއި ކަރޓިސް ޕީ-36 ހޯކް އާއި ވަލްޓީ އޭ-31 ވެންޖަންސް އުފެއްދުމުގެ ލައިސަންސް ލިބިގެންނެވެ. 4 ޕްރޮޑަކްޝަން ޔުނިޓެއްގެ ދަށުން 11 ހާއްސަ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް (އާރްއެންޑްޑީ) ސެންޓަރާއި 21 މެނުފެކްޗަރިންގ ޑިވިޒަން މުޅި އިންޑިއާގައި ފެތުރިފައިވެއެވެ.

    އެޗްއެފް-24 މާރޫތު ފަޔަރ-ބޮމްބަރ އަކީ އިންޑިއާގައި އުފެއްދި ފުރަތަމަ ހަނގުރާމަ މަތިންދާބޯޓެވެ. އެޗްއެފް-24 މާރޫތު ފަޔަރ-ބޮމްބަރ އަކީވެސް "ހަލް"ގެ އުފެއްދުމެކެވެ.

    އެޗް.އޭ.އެލް (ހަލް) ހިންގަނީ އިންޑިއާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގެ ރައީސް އައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑަކުންނެވެ. އެޗް.އޭ.އެލް (ހަލް) މިހާރު ބޮޑަށް ހަރަކާތްތެރިވަނީ ފަޔަރ ޖެޓާއި ހެލިކޮޕްޓަރާއި ޖެޓް އިންޖީނާއި މެރިން ގޭސް ޓަރބައިން އިންޖީނު ޑިޒައިންކޮށް އުފެއްދުމާއި އެވިއޮނިކްސްއާއި ސޮފްޓްވެއަރ ޑިވެލޮޕްމަންޓާއި ސްޕެއަރ ސަޕްލައި ކުރުމާއި އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތައް އޯވަހޯލްކޮށް އަޕްގްރޭޑް ކުރުމުގައެވެ. ހަލްއާއި ގުޅޭގޮތުން މިއީ އާއްމުކުރެވިފައި ހުރި މައުލޫމާތެވެ. ޖާސޫސީ މައުލޫމާތު އެއްކުރުމުގެ ކެޕޭސިޓީ ހުރިވަރެއް އަންދާޒާވެސް ކޮށްނުލެވޭނެއެވެ. ކުރުކޮށް ބުނާނަމަ ހަލްއަކީ އިންޑިއަން އެއަރފޯހުގެ ހިތެވެ.

    ]]>
    Fri, 10 May 2024 16:11:17 +0500 ނިއުސް ޑެސްކް
    އިންޑިއާ ސިފައިން ތިބުމަށްވުރެ ނުރައްކާތެރި ނިންމުމެއް! https://heerasnews.com/2458 https://heerasnews.com/2458 ހާސްހާހުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން އެމީހުން ބާލަން އައި ސަރުކާރަށް ރާއްޖެއިން ހާސްހާހުން އިންޑިއާ ސިފައިންނެއް ނުފެނުނެވެ. ފެނުނީ އިންޑިއާ ސިފައިންގެ އެންމެ 87 މީހުންނެވެ. އެމީހުން ރާއްޖޭގައި ތިބެގެން ކޮށްދިން ކަމަކީ ސަރަހައްދު ބެލެހެއްޓުމާއި ކުއްލިނުރައްކަލުގެ ހާލަތުގައި ބަލިމީހުން އުފުލުމުގައި ގެންގުޅޭ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލެހެއްޓުމެވެ.

    ދެ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެއް ހިންގާ ބެލެހެއްޓުމަކީ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނޭ ކަމެކެވެ. އެހެނެއް ކަމަކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި ކުއްލިނުރައްކަލުގެ ހާލަތުގައި ބަލިމީހުން އުފުލުމުގައި ދިވެހި ސިފައިންނަށް އެހީތެރިވުމަށް ގެންގުޅޭ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލަހައްޓާދެމުން އަންނަނީ އިންޑިއާއިން ހިލޭ ސާބަހަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އެކަމަށްޓަކާ ދިވެހި ދައުލަތުން ހަތަރުއަނާ އެއްވެސް ހަރަދު ނުކުރުވައެވެ. 

    އެހެން ވިޔަސް ވަރިހަމަތާއެވެ. އިންޑީއާ ސިފައިންގެ މީހެއްގެ ބޫޓް ކިބައެއް ހުރެގެންވެސް ގައުމީސަލާމަތަށް ނުރައްކާ ވަންޏާ ޖެހޭނީ ތިބި ތާކުން އެމިހުން ބާލާ ފައްސާ ނަގާލާށެވެ. ރައީސް މުއިއްޒު ވެރިކަމަށް އައީ އިންޑީއާ ސިފައިން ބޭލުމުގެ ވައުދު ވެގެންނެވެ. ދެހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭލުމަކީ ވައުދެއް ނޫނެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު އޮތަސް ވަރިހަމަތާއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާ ނިމިއްޖެޔޯލައެވެ. 

    ސުވާލަކީ އެހިސާބުން ގައުމީ ސަލާމަތަށް އޮތް ނުރައްކާ ފިލާ ދިޔައީހެއްޔެވެ. ސިފައިންނާއެކު އިންޑިއާ އަސްކަރީ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވައެއް ނުލެވެއެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓުގެ ހަރަކާތާއި އެއްކުރާ މައުލޫމާތު ވަގުތުން ވަގުތަށް އުނި އިތުރެއްނެތި އިންޑިއާ އަޝްކަރީ އިދާރާއަށް ލިބިލިބި ހުންނާނެއެވެ. ކުރާނަމަ ޖާސޫސް ކުރުމަށް ވަކި ބަޔަކު ތިބޭކަށް މުހިންމެއް ނޫނެވެ. މުހިންމީ ހޯދާ މައުލޫމާތެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ރާއްޖޭގައި އޮވެގެން ހިންގާ ބޭނުން ކުރާހާ ހިނދަކު އެކަމަކަށް އިންޑިއާއަށް އެއްވެސް ހުރަހެއް ނެތެވެ. 87 ސިފައިން ފޮނުވާލިޔަސް ގައުމީ ސަލާމަތަށް އޮތްނަމަ އޮތް ނުރައްކާ އަދިވެސް އެގޮތަށް އެބައޮތެވެ. 

    އެންމެ ރަނގަޅެވެ. އިންޑިއާ ސިފައިން ބޭލިއްޖެއެވެ. އިންޑިއާ ސިފައިން ބާލާފައި ދެ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން އެރުވުނީ ވަކި ކޮންބައެއް ހެއްޔެވެ. މަދަނީންގެ ނަމުގައި ގެނައީ ކުރިން ތިބި އަދައިގެ ސިފައިންނަށް ވުރެ މާނުރައްކާތެރި ބައެކެވެ. ދެ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓް ދުއްވާ ބެލެހެއްޓުމާއި ހަވާލުވެގެން ރާއްޖެއައީ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް)އެވެ. 

    އިންޑިއާ ސިފައިން ބާލާ މަދަނީން ގެންނަ ނަމުގައި ޑރ. މުއިއްޒު މިހެދީ މާބޮޑު ގޯހެކެވެ. އިންޑިއާ ސިފައިން ބޭލިކަމަށް ބުނެ އިންޑިއާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގެ ރައީސް އައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑަކުން ހިންގާ ހަނގުރާމަ މަތީ ވައިގެ އުޅަނދު އުފައްދާ ހިންގާ ބަލަހައްޓާ ކުންފުނިން ރާއްޖޭގައި ދެ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ހަވާލު ކުރުމުން ގައުމީ ސަލާމަތަށް އޮތް ނުރައްކާ މާބޮޑެވެ.

    ]]>
    Fri, 10 May 2024 15:29:30 +0500 ނިއުސް ޑެސްކް
    ޗައިނާ ބިނާކުރި މީހުން ސަލާންޖަހަން މަގުމަތީގަ! https://heerasnews.com/2454 https://heerasnews.com/2454 ޗައިނާގައި އާބާދީ މުސްކުޅިވަމުންދާ ވަރަކަށް އިޖްތިމާޢީ ހިދުމަތްތަކަށް އޮތް ޑިމާންޑްވެސް ދަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ. ޗައިނާގެ އުމުރުން ދުވަސްވީ މީހުން އުޅެމުންދަނީ ދިގުދެމިގެންވާ ނިކަމެތި ދިރިއުޅުމެކެވެ. އުމުރުންދުވަސްވެ ގިނަ އަދަދެއްގެ ހިޖުރަވެރި މަސައްކަތްތެރިން އެނބުރި އަމިއްލަ ވަޒަނަށް އަންނަމުންދާއިރު ބައެއް މީހުން ކުޑަ މުސާރައެއް ލިބޭ ވަޒީފާތައް ލިބެއެވެ. އެމީހުން ސަލާމަތްވުމަށް ލިބޭން އޮތް ނިކަމެތި ގޮތަކީ އެއީއެވެ. 

    ޗައިނާގެ އަސާސީ ޕެންޝަނަށް ބަރޯސާވެގެން ދުވަސްވި މީހުނަށް ބަނޑުފުރާނަ މުއްތި ކުރެވޭ ވަރު ނުވެއެވެ. ގިނަ ބަޔަކު އާމްދަނީ އިތުރު ކުރަނީ ސިޓީތަކުގައި މަސައްކަތްކޮށްގެން ނުވަތަ ބައެއް ބާވަތްތައް ވިއްކައިގެން ނަމަވެސް ވޯލްޑް ބޭންކުން ބުނާ ގޮތުން އެމީހުނަށް ދުވާލަކު 3.65 ޑޮލަރުވެސް ނުލިބެއެވެ.

    ޗައިނާގެ އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 94 މިލިއަން މުސްކުޅި މަސައްކަތްތެރިން އުޅެއެވެ. އެއީ ޗައިނާގެ 734 މިލިއަން ހިމެނޭ ލޭބަރ ފޯސްގެ ގާތްގަނޑަކަށް %12.8 އެވެ. ޖަޕާނާއި ދެކުނު ކޮރެއާއަށް ވުރެ ނިސްބަތް ދަށް ނަމަވެސް ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އިތުރު 300 މިލިއަން ޗައިނާ މީހުން 60 އަށް އަރާނެ ކަމަށް ބެލެވެއެވެ.

    ޗައިނާގެ ކޮހޯޓްގެ ތިންބައިކުޅަ އެއްބައި މީހުންނަކީ މުސްކުޅި ހިޖުރަވެރިންނެވެ. އެމީހުންނަކީ އިގްސާދެއް މައްޗަށް ދިއުމަށް އުންމީދުކުރާ އިގްތިސާދަކަށް ބޭނުންވާ ޒާތުގެ ޕްރޮފެޝަނަލް ހުނަރު ނެތް ބައެކެވެ. އެތަނުން ކޮންމެ މީހަކަށް 4،000 ޔުއާން (552 ޑޮލަރު) މަހުން މަހަށް ލިބެނީ ސާފުކުރާ މީހުންގެ ގޮތުގައި 13 ގަޑިއިރުގެ ޝިފްޓްތަކުގައި މަސައްކަތް ކޮށްގެންނެވެ.

    ކޮހޯޓް މީހުންނާއި ޗައިނާގައި ކުރިއަށް އޮތް 10 އަހަރު ތެރޭގައި ރިޓަޔަރމަންޓް އުމުރަށް ވާސިލްވާ 100 މިލިއަން ހިޖުރަވެރިންގެ ތެރެއިން ގިނަ ބަޔަކަށް އޮތް ގޮތަކީ އެނބުރި އަވަށަށް ގޮސް ކުޑަ ބިންކޮޅަކާއި މަހުން މަހަށް ލިބޭ 123 ޔުއާން (17 ޑޮލަރު) ގެ ޕެންޝަނުން ދިރިއުޅުމެވެ.

    ޗައިނާގެ އުމުރުން ދުވަސްވީ އުންމީދު ކެނޑިފައި ތިބި މީހުން ބުނަނީ "އަހަރެމެން އެއްވެސް މީހަކަށް ނުބެލޭނެ" ކަމަށެވެ. "އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިންނަށް ބުރައަކަށް ވާކަށް" އަސަރާއެކު އެމީހުން ބުނެއެވެ. އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ބުނަނީ "އަހަރެމެންގެ ގައުމުން އަހަރެމެންނަށް ލާރިއެއްވެސް ނުދޭ." ކަމަށެވެ. 

    މިދިޔަ ގަރުނުގެ ފަހުކޮޅު ޗައިނާގެ ސިޓީތަކަށް އެއްވެ، އިންފްރާސްޓްރަކްޗާ ބިނާކޮށް، ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯޓަރަކަށް އެގައުމު ހެދި ޖީލަށް މިހާރު އޮތީ ފެންވަރުދަށް ނިކަމެތި ހިތްދަތި ދިރިއުޅުމެކެވެ. ޗައިނާއިން އެމީހުންނަށް ވަރުގަދަ ރައްކާތެރިކަމެއް އުފާވެރި ކަމެއް ހޯދައެއް ނުދެވުނެވެ. ޗައިނާ ބިނަކުރި މީހުން ތިބީ ސަލާންޖަހަން މަގުމަތީގައެވެ. 

    ]]>
    Wed, 08 May 2024 13:11:53 +0500 ނިއުސް ޑެސްކް
    އެއާރ ޓްރެކްޓަރ ތަކެއް ކޮލޮމްބޯއާއި މާލެއަށް https://heerasnews.com/2453 https://heerasnews.com/2453 ސްރީލަންކާގެ ރަތުމަލާނާގައި އޮންނަ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ހަފްތާ ބަންދު ތެރޭގައި އޭޓީ-802 ގެ ތިން އެއާރ ޓްރެކްޓަރު ޖައްސައިފިއެވެ.

    އޮސްޓްރޭލިއާގެ ކޮކޯސް އައިލެންޑުން ސީއައިއޭއާރްއަށް ދަތުރުކުރާ މި އެއާރ ޓްރެކްޓަރުތައް ކޮލަމްބޯއިން ފުރައިގެން ދެން ޖެއްސުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ވެލާނާ އެއާޕޯޓަށެވެ.

    އޭޓީ-802 އަކީ ދަނޑުވެރިކަމުގައި ދަނޑުބިން ތަކަށް ސްޕްރޭ ކުރުމަށާއި އަލިފާން ނިއްވުމަށް ހާއްސަކޮށްގެން އެއާރ ޓްރެކްޓަރ އިން ފަރުމާކޮށް ތަރައްގީކޮށްފައިވާ މަތިންދާ ބޯޓެކެވެ.

    ދަނޑުބިމަށް ސްޕްރޭ ކުރުމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް މި ބޯޓުން ފުރިހަމަ ކުރަނީ އިންޖީނުގެ އާއި ކޮކްޕިޓް އާއި ދެމެދު ބަހައްޓާފައިވާ 3،028ލީޓަރގެ  ކެޕޭސިޓީ ހުންނަ ކެމިކަލް ހޮޕަރ ބޭނުން ކޮށްގެންނެވެ. ހޮޕަރުގައި އަލިފާން ނިއްވާ ފޯމް ނުވަތަ ފެން ފުރާފައި ހުރެއެވެ.

    އަލިފަން ނިންވުމަށް ހާއްސަކޮށްގެން އުފެއްދި އެއާ ޓްރެކްޓަރގައި 1990 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަލިފާން ނިންވުމަށް ފުރަތަމަ ދަތުރުކޮށް ނިންމުމަށް ފަހު 1993 ވަނަ އަހަރު އުފެއްދުމަށް ނިކުތީ އޭގެ ދެ ވަރޝަން ކަމަށްވާ އޭޓީ-802 އެވެ. އެގްރިކަލްޗަރަލް ސްޕްރޭއާ އާއި ފަޔަރ ފައިޓަރ އާއެކުގައެވެ. އޭޓީ-802 ހިދުމަތަށް ފެށީ 2002 ވަނަ އަހަރު އެވެ.

    އޭޓީ-802 ގައި ހަތަރު ވައްތަރެއްގެ އެއާރ ޓްރެކްޓަރ ހިމެނެއެވެ. އޭގެ ތެރޭގައި އޭޓީ-802އޭ، އޭޓީ-802ޔޫ، އޭޓީ-802އެފް/ އޭޓީ-802އޭއެފް ގެ އިތުރަށް އޭޓީ-802އޭ ފަޔަރ ބޮސްއެވެ.

    އޭޓީ-802އޭ ގައި ޖަހާ ޖަހާފާ ހުންނަނީ އެންމެ ގޮނޑިއެކެވެ. އެއާރ ޓްރެކްޓަރ މަތިންދާބޯޓަކީ ދަނޑުވެރިކަމުގެ ބޭނުމަށާއި އަލިފާން ނިއްވުމަށް ހާއްސަ ކުރެވިފައިވާ ބޯޓްތަކެއް ކަމުން އާންމުކޮށް ބެނުންކުރާ ދަނޑުވެރިކަމުގެ މަތިންދާބޯޓުތަކާ އަޅާބަލާއިރު އިތުރު މަސައްކަތް ކުރުމުގެ ގާބިލުކަން އޭޓީ-802ގެ އެއާރ ޓްރެކްޓަރގައި ހުރެއެވެ.

    ]]>
    Wed, 08 May 2024 11:46:22 +0500 ނިއުސް ޑެސްކް
    މަތީ ފެންވަރަކީ ބޮޑު މަގާމެއް އަގުބޮޑު ދިރިއުޅުމެއްނޫން https://heerasnews.com/2444 https://heerasnews.com/2444 ފެންވަރު މަތިވުމަކީ އަގުބޮޑު ދިރިއުޅުމެއް ނޫނެވެ. ބޮޑެތި ކާމިޔާބީތައް ހޯދުން އެކަންޏެއްވެސް ނޫނެވެ. ފެންވަރު މަތިވުމަކީ އިންސާނެއްގެ ގޮތުގައި ތިމާއަކީ ކާކުކަން އެނގިގެން އުޅުމެވެ. މީހަކު ފެންވަރު މަތީ މީހެއްކަމަށް ބެލޭ ކަންތައްތަކެއް ނަފްސާނީ އިލްމު ބުނެދެއެވެ.

    މަތީ ފެންވަރުގެ މީހަކަށް ވުމަކީ ހުރިހާ ކަމެއް ފުރިހަމަ ވުމެއް ނޫނެވެ. އެކަމަކު ތިމާއަކީ ރަނގަޅު މީހަކަށް ވުމެވެ. ސައިކޮލޮޖީ ބުނެދޭ ގޮތުގައި ތިމާއަކީ މަތީ ފެންވަރުގެ މީހެއް ކަމުގައިވުމުން 9 ސިފައެއް ތިމާގެ ކިބާގައި ހުންނާނެއެވެ. ފުންކޮށް ވިސްނާ ބެލުމުން މި ސިފަތަކުގެ ތެރެއިން ކިތަންމެ ސިފައެއް އަމިއްލަ ނަފްސުގައި ދެނެގަނެވޭނެއެވެ.

    • އަނެކާގެ އިހުސާސް ދެނެގަންނަން އެނގުން. 

    އަނެކާގެ އިހުސާސް ދެނެގަންނަން އެނގުމަކީ މަތީ ފެންވަރުގެ މީހެއްގެ ކިބައިން ފާޅުވާނެ ސިފައެއް ކަމަށް ސައިކޮލޮޖީ ބުނެއެވެ. އިހުސާސް ދެނެގަތުމަކީ އެހެން މީހެއްގެ ހާލަތުގައި އަމިއްލަ ނަފްސު ބަހައްޓައިގެން އެމީހެއްގެ ޖަޒުބާތުތަކާއި ނަޒަރިއްޔާތުތައް ދެނެގަތުމުގެ ޤާބިލުކަމެވެ. އެ މީހާއަށް އިހުސާސް ކުރެވޭ ކަންތައްތައް އަމިއްލައަށް އިހުސާސްކޮށް އޯގާތެރިކަމާއި ވިސްނުންތެރިކަމާއެކު ޖަވާބުދާރީވުމެވެ.

    އެންމެ މަތީ ފެންވަރުގެ މީހުންގެ ތޮބީއަތުގައި އިހުސާސް ދެނެގަތުމުގެ އާށަގެންފައި ހުންނާނެއެވެ. އަނެކާގެ އިހުސާސް ދެނެގަނެ އޯގާތެރިކަމާއި ވިސްނުންތެރިކަމާއެކު ޖަވާބުދާރީވާ މީހުންނަކީ ވަރުގަދަ، މާނަހުރި ގުޅުންތަކެއް ބިނާކުރުމަށް ކޮންމެހެން ބޭނުންވާ ދުރު ވިސްނުމާއި އޯގާތެރިކަމުގެ ގާބިލްކަން ލިބިފައިވާ ބައެކެވެ.

    ދިރިއުޅުމުގެ ކޮންމެ ދާއިރާއަކުން ވެސް އިހުސާސް ދެނެގަނެވެނީ މަތީ ފެންވަރުގެ މީހުންނަށެވެ. އެމީހެއްގެ ކިބައިން އެންމެ ފާޅުކަން ބޮޑުކޮށް ފެންނަ ސިފައަކީ އިހުސާސް ދެނެގަތުން ކަމުގައި ވާނަމަ ތިޔަ ހުރީ ރަނގަޅު މަގުގައެވެ.

    • ނަފްސް މުއްސަދި ކުރުން

    އަމިއްލަ ނަފްސު މުއްސަދިކޮށް އަމިއްލަ ކުރިއެރުމަށް އެދިގެން މަސައްކުރުމަކީ މަތީ ފެންވަރުގެ މީހަކަށް ވުމުގެ ނިޝާނެކެވެ. ހިތްހަމަ ޖެހުމާއި ސާބިތުކަން ކަށަވަރު ވަނީ ނަފްސް މުއްސަދި ވުމުގެ މައްޗަށެވެ. މެދުނުކެނޑި ދަސްކުރުމާއި، ތަޖުރިބާއިން ޒިންމާ އުފުލުމާއި ތަރައްގީވުމާއި ހުރަސްތައް ގިރާކުރަން މަގުދައްކައެވެ. 

    ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން ކުރިއެރުން ހޯދުމަށް މަސައްކަތްކޮށް މެދުނުކެނޑި ކުރިއަށް ދިއުމަކީ މަތީ ފެންވަރުގެ މީހަކަށް މީހާ ހެދޭ ކަމެކެވެ. އަބަދުވެސް އުނގެނުމާއި ކުރިއެރުމުގެ ފުރުސަތުތައް ހޯދުމަށް ފާރަވެރިވާނަމަ، ތިބާއަކީ މަތީ ފެންވަރުގެ މީހެކެވެ.

    • ބަލިފައި އެނގިގެން އުޅުން

    ގިނަ ފަހަރަށް ތިމާގައި ހުންނަ ބަލިފަޔަކީ ބަލިކަށިވުމުގެ ސަބަބެއްކަމަށް ބެލެވެއެވެ. ތިމާގައި ބަލިފައި ހުރުމަކީ ހަގީގަތުގައި އެއީ މީހާ ވަރުގަދަ ކޮށްދޭ ކަމެކެވެ. ބަލިފަޔަކީ ތޫނުފިލި ޖަޒްބާތުގެ ބިންގާ ކަމަށް ބެލެވެއެވެ. މަތީ ފެންވަރުގެ ފަރުދުންނަށް އެކަން ރަގަޅަށް ވިސްނޭނެއެވެ. އަމިއްލަ ނަފްސުގެ ބަލިފައި ހާމަކުރަން އެމީހުން ބިރު ނުގަންނަނީ އެހެންވެއެވެ.

    ބަލިފައި ހުރުމަކީ ފާޑުކިޔުމާއި ހުކުމް ކުރުމުގެ ފުރުސަތަށް ހުޅުވާލެވިފައި ވާ ކަމެއް ނަމަވެސް އެކަމުން މީހުންނާ ގާތް ގުޅުންތަކެއް އުފެދި ގުޅުންތަކުގައި އިތުބާރާއި ސައްހަކަން އުފެއްދުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

    • ޝުކުރުވެރިވުން

    ޝުކުރުވެރިވުމަކީ ހަމައެކަނި "ޝުކުރިއްޔާ" އޭ ބުނުމަށްވުރެ މާ ބޮޑު ކަމެކެވެ. ޝުކުރުވެރިވުމަކީ ވިސްނާ ގޮތް އަންގާދޭ ކަމެކެވެ. ދެކޭ ގޮތް ހާމަވާ ކަމެކެވެ. ތިމާގެ ކިބައިގާ އަނެކާއާއިމެދު ހުރިގޮތެއް އަންގާދޭ ކަމެކެވެ.   

    މަތީ ފެންވަރުގެ ފަރުދުންނަށް ޝުކުރުވެރިވުމުގެ މުހިންމުކަން ވިސްނެއެވެ. އެމީހުންގެ ދިރިއުޅުމުގައި ހުރި ހެޔޮކަންތަކުގެ އަގުވަޒަންކޮށް އެކަމަށްޓަކައި ޝުކުރު އަދާކުރުމަށް ވަގުތު ހޭދަކުރެއެވެ. އަބަދަކު އެއީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ވަގުތު އުނދަގޫ ތަކާއި އެހެން މީހުން އާލާކުރާ އާދަތަކަށް ޝުކުރުވެރި ވުމަކީ ފަސޭހަކަމަކަށް ނުވެއެވެ. 

    ޝުކުރުވެރިވުމުގެ އާދަ ހިފުމުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ ތިމާގެ ދިރިއުޅުމަށް އެކަންޏެއް ނޫނެވެ. ޝުކުރުވެރިވުމުން ގުޅުން ބަދަހިކޮށް، ސިއްހަތު ރަނގަޅުކޮށް، ދަތިތަކާ ކުރިމަތިލާން އެހީތެރިކަން ލިބެއެވެ. 

    ދިރިއުޅުމުގެ ކުދިކުދި ކަންކަމުގައި ވެސް ގަވާއިދުން ޝުކުރު އަދާކުރާ މީހެއްނަމަ އެއީ މަތީ ފެންވަރުގެ މީހެއްކަން ދަލީލުކޮށްދެއެވެ. 

    • ސިއްހީ މިންގަޑު ހިފެހެއްޓުން

    ދިރިއުޅުމުގައި ބެލެންސް އާއި ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ހައްދުތަކެއް ކޮންމެހެން ބޭނުންތެރިއެވެ. އެހެން މީހުންނާ މެދު އަމަލުކުރާ ގޮތުގައި ބަލައިގަނެވޭ އަދި ބަލައިނުގަނެވޭ ކަންތައްތައް ކަނޑައަޅާ ރޮނގު ދަމާލެވެއެވެ. މިގޮތަށް ހައްދުތައް ކަނޑައެޅުމާއި ބެލެހެއްޓުމުގެ މުހިންމުކަން މަތީ ފެންވަރުގެ ފަރުދުންނަށް ވިސްނެއެވެ. އެމީހުނަށް މީހުންގެ އަގު އެނގޭތީ ވަކި ހައްދުތަކެއް ހުރަސްކޮށް ނުލާ އަމިއްލައަށް ސާބިތުވެ ހުރުމަށް ޖެހިލުމެއް ނުވެއެވެ.

    ސިއްހަތަށް ފައިދާހުރި ހައްދުތަކެއް ކަނޑައެޅުމަކީ އަމިއްލަ އެދުން ބޮޑުވުމެއް ނޫނެވެ. އޯގާތެރިކަން ކުޑަވުމެއްވެސް ނޫނެވެ. އެއީ އަމިއްލަ ނަފްސަށް އިހުތިރާމްކޮށް، އެހެން މީހުންވެސް ތިމާއަށް އިހުތިރާމް ކުރާކަން ކަށަވަރު ކުރުމެވެ. އެއީ ތިމާގެ ހައްދުތައް ދެނެގަނެ، އަމިއްލަ ކަންކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުބެލެވޭކަން ޔަގީން ކޮށްދޭ ކަމެކެވެ. 

    • އެދުމެއްނެތި ވެދުންކުރުން

    ތިމާގެ އަމިއްލަ ވަގުތެއް ކަމުގައި ވިޔަސް، އެހީތެރިކަމެއް ކަމުގައި ވިޔަސް، ވަސީލަތެއް ކަމުގައި ވިޔަސް، އެއްވެސް އެއްޗެއް އަނބުރާ ލިބޭނެ ކަމުގެ އުންމީދު ނުކޮށް ދިނުމުން ލިބޭ ތަފާތު ވައްތަރެއްގެ އުފަލެއް އޮވެއެވެ. އަމިއްލަ އެދުން ކުޑަކަމަކީ ހައި-ކިއު އެއްގެ ހަގީގީ ނިޝާނެކެވެ

    މަތީ ފެންވަރުގެ ފަރުދުންނަށް ދިނުމުގެ އަމަލުގައި އޮންނަނީ ހިތްވަރު ލިބުމާއި ހިތްހަމަޖެހުމެވެ. އެމީހުން އެކަން ކުރަނީ ތައުރީފެއް ހޯދުމަކަށް މަޝްހޫރުކަން ހޯދުމަކަށް ބަދަލު ލިބުމަކަށް އެދިގެނެއް ނޫނެވެ.

    މަދަރ ޓެރީސާ ދުށްގޮތުގައި މުހިންމީ " ދޭ މިންވަރެއް ނޫން ނޫނެވެ. ދިނުމަށް ކުރާ ލޯތްބެވެ." އެހެން މީހުންނަށް ކުރާ މި ލޯތްބާއި އެހީތެރިވުމުގެ އެދުމަކީ ފޮރުވިފައިވާ އަމިއްލަ އެދުމުގެ ސިއްރު ނިޔަތެއް ނެތުމެވެ. މަތީ ފެންވަރުގެ މީހުން އަމިއްލަ އެދުމެއްނެތި މުރާވެދުމުން ތަފާތު ކުރެއެވެ.

    ބަދަލުގައި އެއްވެސް ކަމަކަށް އުންމީދު ނުކޮށް މިނިވަންކަމާއެކު ވެދުންކުރާ މީހެއްނަމަ ތިބާއަކީ ހަގީގަތުގައިވެސް މަތީ ފެންވަރުގެ މީހެކެވެ.

    • ކުށް ގަބޫލުކުރަން ބިރު ނުގަތުން

    އެއްވެސް މީހަކީ ފުރިހަމައެއް ނޫނެވެ. އެންމެންނަށް ގޯސްތައް ހެދެއެވެ. ހެދޭ ގޯހުގެ ސަބަބުން ހީނުކުރާ އެތައް ނުބައި ނަތީޖާއެއް ކުރިމަތިވެއެވެ. އެހެން ކަމުން ކުށް ގަބޫލު ކުރުން އޮންނަނީ އުނދަގޫ ކަމަކަށްވެފައެވެ.  

    ގޯސް ހެދޭ ވަގުތު އެކަން ގަބޫލުކުރަން ތައްޔާރަށް ހުރުމަކީ މަތީ ފެންވަރުގެ މީހެއްކަމުގެ ނިޝާނެކެވެ. ކަމަކީ ނިކަމެތިކަމާއި ޖަވާބުދާރީވުމާއި ނަޒާހަތްތެރިކަން ދައްކުވައިދޭ ކަމެކެވެ. ކުރަން ފަސޭހަ ކަމެއް ނޫން ނަމަވެސް އަމިއްލަ ކުރިއެރުމަށާއި ގުޅުންތަކުގައި އިތުބާރު ދެމެހެއްޓުމަށް މިއީ ވަރަށް މުހިންމު ކަމެކެވެ.

    ތިމާއަކީ ތިމާގެ ބޮޑާކަން ނިވާކޮށް ތިމާއަށް ކިތަންމެ ކުޑަ ގޯހެއް ހެދުނަސް ގޯހެއް ހެދިއްޖެކަން ގަބޫލު ކުރެވޭ މީހެއްނަމަ ތިމާގެ ގައިގާ މަތީ ފެންވަރުގެ މީހެއް ކަމުގެ ސިފަ އެބަހުއްޓެވެ. 

    • ވާހަކަ ދެއްކުމަށްވުރެ ގިނައިން އަޑުއަހުން

    އަޑުއެހުމަކީ ވަރުގަދަ ވަސީލަތެކެވެ. އިހުތިރާމް ކުރުމާއި އިހުސާސް ދަތުމާއި ވިސްނުންތެރިކަން ދައްކުވައިދޭ ކަމެކެވެ. މަތީ ފެންވަރުގެ ފަރުދުން އަޑުއެހުމަށް އިސްކަން ދެނީ އުނގެނުމާއި އެހެން މީހުން ރަނގަޅަށް ދެނެގަތުމާއި، ވަރުގަދަ ގުޅުންތަކެއް ބިނާކުރުމުގެ ފުރުސަތު ލިބޭތީއެވެ.

    ހަގީގަތުގައި އަޑުއެހުމަކީ ހަމައެކަނި އެހެން މީހަކު ވާހަކަ ދައްކާއިރު ހިމޭންވުމެއް ނޫނެވެ. އެކަމަކު އަނެއް މީހާ ބުނާ އެއްޗެއް ރަގަޅަށް އަޑުއަހާ، ވިސްނުން ތޫނު ސުވާލުތައް ކުރުމާއި، ވިސްނުންތެރި ޖަވާބުތަކެއް ދިނުމެވެ.

    ތިމާއަކީ ވާހަކަ ދެއްކުމަށްވުރެ ގިނައިން އަސްލުގައި އަޑުއަހާ، އެހެން މީހުންގެ ވިސްނުމާއި އިހުސާސްތަކަށް އިހުތިރާމްކުރާ ވައްތަރުގެ މީހެއްނަމަ މިއީ މަތީ ފެންވަރުގެ މީހަކަށް ވުމުގެ ނިޝާނެކެވެ.

    ކަމަކީ އެހެން މީހުންގެ ކިބައިން ކަންކަން ދަސްކޮށް، އެހެން މީހުންގެ ނަޒަރިއްޔާތަށް އިހުތިރާމް ކުރަން ބޭނުންވާކަން ދައްކުވައިދޭ ކަމެކެވެ. އެކަމުން ތިބާއަކީ ފާހަގަކޮށްލެވޭ ރަޙްމަތްތެރިއަކަށް ބައިވެރިއަކަށް އަދި ލީޑަރަކަށް ވެގެންދާ ކަމެކެވެ.

    • ސައްހަ ގޮތުގައި އުޅުން

    އެންމެ މަތީގައި މަތީ ފެންވަރުގެ މީހަކަށް ވުމަކީ ސައްހަ ގޮތުގައި އުޅެން މަސައްކަތް ކުރުމެވެ. މާނައަކީ ގޮންޖެހުން ބޮޑު ނަމަވެސް ތިމާގެ އަގުތަކާއި ގަބޫލުކުރުންތަކާއި ހަގީގަތުގައި ތިމާއަކީ ކާކުކަން ސާބިތުކޮށްދިނުމެވެ.

    ސައްހަ ގޮތުގައި ދިރިއުޅުމަކީ އަސްލު އަދި ހަގީގީ ވުމެވެ. އަމިއްލަ ނަފްސަށް ޝަރަފުވެރިކަންދީގެން އެކަން މިނިވަންކަމާއެކު ފާޅުކުރުމެވެ. ސައްހަ ގޮތުގައި އުޅުމަކީ އެހެން މީހުންގެ އުންމީދުތަކާ އެއްގޮތަށް ފެތެން ނުވަތަ އުޅެން މަސައްކަތް ކުރުމެއް ނޫނެވެ.

    ސައްހަކަމަކީ ސައްހަކަން އިތުރަށް ލިބިގަނެވެ ކަމެކެވެ. އަމިއްލަ ނަފްސަށް ތެދުވެރިވާއިރު އެހެން މީހުންނަށްވެސް އެކަން ކުރުމަށް ނަމޫނާ ދެއްކެއެވެ. މިއީވެސް މަތީ ފެންވަރުގެ މީހުންގެ ސިފައެކެވެ.

    މަތީ ފެންވަރުގެ މީހަކަށް ވުމުގެ މައިގަނޑުގައި އޮތީ ވުމުގެ ދަތުރެވެ. ތިމާގެ އަމިއްލަ ނަފްސު ސައްހަގޮތުގައި ބަލައިގަތުމާއި، އަމިއްލަ ނަފްސުގެ ފެންނަން ހުރިއެންމެ ރަނގަޅު ވަރޝަނަކަށް ވުމަށް މެދުނުކެނޑި މަސައްކަތް ކުރުމެވެ. ރަނގަޅު ދިރިއުޅުމަކީ ޕްރޮސެސްއެއް، ވުޖޫދުގެ ހާލަތެއް ނޫނެވެ. އެއީ މިސްރާބެއް، މަންޒިލެއް ނޫނެވެ.

    ]]>
    Tue, 07 May 2024 12:20:36 +0500 ނިއުސް ޑެސްކް
    އިސްލާމިކް ސަމިޓް މުއިއްޒަށް މުހިންމެއްނޫން! https://heerasnews.com/2449 https://heerasnews.com/2449 އިސްލާމިކް ސަމިޓު އަކީ ކޮންމެ 3 އަހަރަކުން އެއް އަހަރު ބޭއްވޭ ސަމިޓެކެވެ. މިއަހަރު ގެންބިޔާގައި މިބޭއްވެނީ 15 ވަނަ ސަމިޓެވެ. ސަމިޓް ބާއްވަނީ އިސްލާމީ އުއްމަތަށް ކުރިމަތިވާ ކަންކަމާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިން މަޝްވަރާކޮށް ސިޔާސަތުތައް ކަނޑައެޅުމަށެވެ. އިރުޝާދު ދިނުމަށެވެ. ސަމިޓަކީ އިސްލާމީ ގައުމުތަކުގެ ވެރިންގެ ސަމިޓެވެ. 

    އިސްލާމިކް ސަމިޓްގައި ބައިވެރިވުމަކީ އިސްލާމީ ގައުމުތަކުގެ ވެރިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ގައުމުތަކުގެ ވެރިން ސަމިޓްގައި ބައިވެރި ނުވެއެއް ނުދާނެއެވެ. ގައުމުގެ އެންމެ އިސްވެރިއާއަށް ބައިވެރިވެވެން ނެތިއްޔާ ސަމިޓަށް ފޮނުވާނީ ޖެހިގެން ހުންނަ އެންމެ އިސްވެރިއެކެވެ.

    އާއްމުކޮށް ވެރިންގެ ސަމިޓްތަކަށް ވަޒީރަކު ނުވަތަ އެފެންވަރުގެ މީހަކު ފޮނުވާނީ އިހުތިޖާޖެއްގެ ގޮތުގައެވެ. ސަމިޓްގެތެރެއިން އެކަށިގެންވާ ނަތީޖާއެއް ނުނެރެވޭނެ ކަން ދެއްކުމުގެ ގޮތުންނެވެ. ސަމިޓަކީ މާބޮޑު އިސްކަމެއްދޭ ކަމެއް ނޫންކަން އަންގާ ދިނުމުގެ ގޮތުންނެވެ.

    15ވަނަ އިސްލާމިކް ސަމިޓަކީ ރާއްޖެއަށް މާމުހިންމު ސަމިޓަކަށް ނުވެއެވެ. ރާއްޖެއަށް ސަމިޓަކީ މުހިންމު ސަމިޓެއްނަމަ ރާއްޖެ ތަމްސީލުކުރާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އިސްލަމިކް ސަމިޓްގެ މުހިންމުކަން ރާއްޖެއަށް ނެތްވަރު ރަމްޒުކޮށްދެނީ އެ ސަމިޓުގައި ރާއްޖެ ތަމްސީލުކުރަން ވަޒީރަކު ފޮނުވި ފޮނުވުމެވެ. ފޮނުވިއިރު ފޮނުވީވެސް ބައި ވަޒީރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންވެސް ލިބިފައިނުވާ ވަޒީރެކެވެ. 

    އިސްލާމީ ދުނިޔޭގެ ކަންކަމާމެދު ދިވެހި ސަރުކާރުން ސީރިއަސްކޮށް ވިސްނާނަމަ ބައިނަލް އަގުވާމީ އެވަރުގެ އެއްވުމަކަށް ފޮނުވާނީ އިސްލާމިކް މިނިސްޓަރެއް ނޫނެވެ. އިސްލާމިކް މިނިސްޓަރ ހިމެނެްވާނީ ސަމިޓްގައި ރާއްޖެ ތަމްސީލު ކުރަން ރައީސް ނުވަތަ ނައިބުރައީސް ރިޔާސަތު ބަލަހައްޓާ ދިވެހި ވަފުދުގެ އެކެއްގެ ގޮތުގައެވެ. އިސްލާމީ ސަމިޓަށް ރާއްޖެ ތަމްސީލު ކުރަން ވަޒިރުން ފެންވަރުގެ ވަފުދެއް ދިއުމަކީ ބަލައިގަނެވެނެ ކަމެއް ނޫނެވެ. 

    އަމްދުން ރައީސް މުއިއްޒު ވެރިކަމަށް އެރީ އިސްލާމް ދީން ކުރިއަރުވާ ދީނީ ރައީސެއްގެ ތާކިހަލުގައެވެ. ޝޭހަކަށް އުފަންވެ ޖަނާބު ޝޭހުގެ ދަނބި ދަރިވުމުގެ ސަބަބުން ސަޖިދަ ވިއްކައިގެން ލިބުނު ވެރިކަމުގައި އެންމެ ފުރަތަމަ ބައިވެރިވުމަށް ލިބުނު އިސްލާމިކް ސަމިޓް މުއިއްޒު ދޫކޮށްލި ދޫކޮށްލުމުން އިސްލާމީ ދުނިޔެއާއި މެދު މުއިއްޒު ދެކެގޮތް ސާފެވެ. މާއްދީ ދަހިވެތި ކަމުގައި ބޮޑު ވަފްދު ހަދައިގެން ސީނު ކަރަޔަށް ދިޔުން އިސްލާމިކް ސަމިޓަށް ދިޔުމަށްވުރެ މުއިއްޒަށް މުހިންމުވިއެވެ. 

    ފަލަސްތީނު މިނިވަން ކުރުމުގެ ތެދުވެރި ނިޔަތް އޮތްނަމަ އިސްލާމިކް ސަމިޓްގައި އެންމެ ބާރަށް އިއްވީހީ މުއިއްޒުގެ އަޑެވެ. އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނުކެރުނު، އިޒްރޭލުގެ މަސްލަހަތުހުރި ވިޔާފާރިތައް ނުހުއްޓުވު މުއިއްޒަކަށް ފަލަސްތީނު މިނިވަން ކުރުމުގެ ވާހަކަ ދައްކަން ދާކަށް ނުކެރޭނެއެވެ.

    ވީޓޯ ކުރުމަށް އެމެރިކާއަށް އޮންނަ ބާރު ކަނޑުވާލަން އދ އާއި އިސްލާމިކް ސަމިޓްގައި ދިވެހިންގެ ނަމުގައި އަޑު އުފުލަނީއެވެ. އަނެއްކޮޅުން ވީޓޯގެ ބާރު ބޭނުން ކޮށްގެން ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަން އިޒްރޭލަށް އެމެރިކާ ވާގިދެނީއެވެ.

    އެމެރިކާގެ އަސްކަރީ ބާރުން ބާރު ލިބިގެން ގައްޒާގައި އިޒްރޭލުން ފަލަސްޓިނުގެ ނަސްލު ނައްތާލަމުން ދަނިކޮށް، ވީޓޯކުރުމަށް އެމެރިކާއަށް އޮންނަ ބާރު ކަނޑުވާލަން އިސްލާމީ ސަމިޓްގައި ގޮވަމުން އެމެރިކާ ސިފައިން ގެނެސްގެން ދިވެހި އަސްކަރިއްގާއި އެމެރިކާގެ އަސްކަރީން ލައްވާ "ބްލެކް މާލިން" ތަމްރީނު ފެށީއެވެ. ދެފުށް ދެގޮތްވެވޭނީ މިހާކަށް ވަރަށެވެ.

    ]]>
    Sun, 05 May 2024 19:56:08 +0500 ނިއުސް ޑެސްކް
    ވީޓޯގެބާރާ ދެކޮޅު ހެދުމުގެ ގޮތުން އދ އިން ވަކިވަނީތަ! https://heerasnews.com/2448 https://heerasnews.com/2448 އަޖައިބެއް ނުވާނެ ހެއްޔެވެ. އދ އުފެދުނީއްސުރެ ވީޓޯ ބާރަކީ އޮންނަ ބާރެކެވެ. ވީޓޯގެ ބާރު ލިބިގެން މުޅި ދުނިޔެއާ ދެކޮޅަށް އެމެރިކާއިންނާއި ރަޝިޔާއިންނާއި ޗައިނާއިންނާއި އިގިރޭސީނާއި ފްރާންސް ކިތަންމެ ކަމެއްކޮށްފައި އެބަހުއްޓެވެ. ކުރުވަމުން އެބަދެއެވެ.

    އިޒްރޭލު ދެމިއޮތުމާއި އިޒްރޭލްގެ އަނިޔާވެރި ކަމަކީ އޭގެ އެއް މިސާލެވެ. އެމެރިކާއިން ކަންކަން ވީޓޯކޮށްގެން އިޒްރޭލުގެ އަނިޔާވެރިކަން ދަމަހައްޓާދެމުން ގޮސްފައިވަނީ މިއަދަކު އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު މުޅި ދުނިޔެ އެކުވެގެން ވީޓޯގެ ބާރެއް ހުޢްޓުވައެއް ނުލެވުނެވެ. އެހެނެކޭ ކިޔާ އެކަމާ ދެކޮޅު ހަދާ އދ އިން އެއްވެސް ބަޔަކު ވަތްކެއްވެސް ނުވެއެވެ. 

    ޕަލަސްތީނާ ދެކޮޅަށް އިޒްރޭލުން ކުރާނެ ކަމެއް ކުރާނެ ގޮތަކަށް ކުރާއިރު ދުނިޔޭގެ މުސްލިމު ގައުމުތައް ވެސް އެ ތިބެނީ އަތްޖަހާށެވެ. ބޮޑު ވަރަކަށް ކުރާކަމަކީ ބޮޑެތި ގޮނޑި ގޮނޑީގައި ވެޑުވެގެން މޮޅަށް ކައިގެން ސައްލާކޮށްފާ ކުށްވެރިކޮށް ބަޔާން ނެރުމެވެ. ދުވަހަކު އެނޫން ވަރެއް ނުވެއެވެ.

    ފަލަސްތީނަށް ކާއެތިކޮޅެއްހާ ހިސާބުވެސް ދިއްކޮށްލަނީ ގައުމުތަކުގެ އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ބީކު ނަގައިގެން ކޮންމެވެސް އިންސާނީ އެހީދޭ ޖަމާއަތެއް މެދުވެރިކޮށެވެ. ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށްޓަކައި އެއްވެސް ގައުމެއްގެ ސަރުކާރަކުން ކުރާކަމެއް ހަރާމުން ހަރާމެވެ.

    ރާއްޖޭގެ ހާލަކީވެސް އެއީއެވެ. ބައިނަލްއަގުވަމީ މުއުތަމަރުތަކުގައި އަތްގުޅިނުކާވަރުގެ ބޮޑެތި ބަސް ބުނުން ނޫން ކަމެއް ނުކުކުރެއެވެ. ބުނާ ބަހަކާ ކުރާކަމަކާ ދިމާ ކުރުމެއް ނޯވެއެވެ. ކޮންމެ ކަމެއް އޮންނަނީ ހުސްގޮނޑިއަށް ވެރިކަން ހޯދުމަށްވެފައެވެ. އިހައްދުވަހު ރާއްޖޭން ހައިދަރު ގޮސް އދ ގެ އާއްމު މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރާ ދެކޮޅޭ ބުނާއިރަށް އެމެރިކާ ކުޑަކަކޫ ޖަހާ އިޒްރޭލު ސައިޒުކޮށްލާނެ ހެއްޔެވެ.

    އެހެނެކޭ ކިޔާފައި ވަކި ގައުމުތަކަކަށް ވީޓޯގެ ބާރު އޮންނާތީ އދގެ މެންބަރުކަމުން ދިވެހީންގެރާއްޖެއަށް ވަކިވާން ކެރެދާނެ ހެއްޔެވެ. ވަކި ގައުމު ތަކަކަށް ވީޓޯގެ ބާރު އޮންނަ އދގެ އޮފީސްތައް ރާއްޖޭން ފޮނުވާލަން ކެރޭނެ ހެއްޔެވެ. އދ މަޖިލީހުގެ ވީޓޯ ބާރު އޮންނަ ދެގައުމެއް ކަމުގައިވާ އެމެރިކާއާއި ޗައިނާގެ އެންބެސެޑަރާއި އެންބަސީ ރާއްޖޭން ފޮނުވާލަން ކެރޭނެ ހެއްޔެވެ. އެމެރިކާއާ އޮތް ސިޔާސީ ގުޅުން ކަނޑާލަން ކެރޭނެ ހެއްޔެވެ. ނުވާނެއެވެ. ނުކުރެވޭނެއެވެ. ދެން ކޮންހާ ބައިސާއެއް ކަނޑާކަށް ހެއްޔެވެ.

    ]]>
    Sat, 04 May 2024 18:12:52 +0500 ނިއުސް ޑެސްކް
    ވީޓޯ އުވާލަން ބުނުމަކުން އިޒްރޭލް ބޭން ކުރިކަމަކަށް ނުވާނެ! https://heerasnews.com/2447 https://heerasnews.com/2447 މުއިއްޒު ސަރުކާރުގެ އިޔަހޫދިކަން ހުންނަނީ މާވަރަކަށް ވިއްޔާއެވެ. ތިމާމެންނަށް ކުރެވެން ހުންނަ ކަންކަން ނުކޮށް ތިބެ އެހެން މީހުން ކަންކުރަންވީގޮތް އެބަކިޔައެވެ.

    ފަލަސްތީނު ރައްޔިތުން ދެކެ މާލޯތްބެއް ވާކަމަށް ހެދިގެން ކޯޓުލައިގެން ނިކުމެ އދގެ މައިހަރުގޭގައި ހައިދަރު ކުޅުނު ޗަރުކޭހަކުން އދ ހިނގުން ހުއްޓުނީ ހެއްޔެވެ. ވީޓޯ ކުރުމުގެ ބާރުތަކާ ދެކޮޅަށް ރާއްޖޭން ބަސް ބުނުމުން އެމީހުން އެތިބީ ބިރުން ދެކަމު ހާޖަތަށް ދެވިފައި ތޯއްޗެކެވެ. ގަތް ބިރުން އެމެރިކާވެސް އިޒްރޭލްގެ އަސްކަރީ ބާރު ކަނޑުވާލަން އެތިބީ ކަނޑިކަންފަތް މައްޗަށް ދަމައިގެންނެވެ.

    އަޖައިބެކެވެ. ސައިޒަށް ވުރެ ބޮޑެތި ކަރާފަޅައިގެން ރައްޔިތުންގެ ހިތް އަތުލަން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ނިކަމެތި ކަމުގެ ނާޖާއިޒު ފައިދާ ނަގަން ނުހަދާށެވެ. އިހުލާސްތެރި ކަމެއް ހުރިއްޔާ ތިމާމެންނަށް ވާވަރުގެ ކަމެއް ކޮށްބަލާށެވެ. އޭރުން ފަލަސްތީނު ރައްޔިތުންނަށް އެކަމުގެ މަންފާއެއް ފަހަރުގާ ކޮށްފާނެއެވެ. 

    އދ ގެ ވީޓޯގެ ބާރު ކަނޑުވާލުން ފަދަ ނުވާވަރު ކަންކަމަށް ބަސްބުނުމުގެ ބަދަލުގާ ވާވަރުގެ ކަންކަން ނުކުރަނީ ކީއްވެ ހެއްޔެވެ. އދއިން ފާސް ކުރިޔަސް، ނުކުރިޔަސް ރާއްޖެއަށް އިޒްރޭލުން މީހުން އައުން މަނާ ކުރެވޭނެއެވެ. އިޒްރޭލު ޕާސްޕޯޓް ބޭން ކުރެވޭނެއެވެ. އެކަން ނުވެގެން އުޅެނީ ކީއްވެ ހެއްޔެވެ.

    އިޒްރޭލު ޕާސްޕޯޓް ބޭން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސަށް އެކަން އޮތީ ހުށަހަޅާފައެވެ. މުއިއްޒު ވެރިކަމަށް ވީހާދުވަހެއް އެކަމަށް ވެއްޖެއެވެ. ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ބުނެ އިޒްރޭލު މީހުން އެތެރިވުން މަނާ ކުރުމުން މުއިއްޒު އެހުންނަނީ މަނާވެ ގަނެގެނެވެ. 

    އިޒްރޭލުގެ މަސްލަހަތު އޮތް އެތައް ވިޔަފާރިއެއް ހަލުވިކަމާއެކު ރާއްޖޭގައި އެބަ ހިނގައެވެ. އިޒްރޭލުގެ މަސްލަހަތު ހުރި ވިޔަފާރިތައް ހުއްޓުމުގެ ހިއްވަރެއް ސަރުކާރުގައި ނެތެވެ. އެ ވިޔަފާރިތައް ބޮއިކޮޓް ކުރި މަދު ދިވެހިން ކޮޅުވެސް ވެސް ހެދީ ޓެރެރިސްޓުންނަށެވެ. އެކަންކަން ނުކޮށްތިބެ ވީޓޯ ބާރު ކަނޑުވާލާ ވާހަކަ ދައްކަނީ މުނާފިގު ކަމުންނެވެ. 

    ]]>
    Sat, 04 May 2024 17:25:07 +0500 ނިއުސް ޑެސްކް
    ފަށާއިރު ހައްތަހާވެސް ފޮޅި! https://heerasnews.com/2446 https://heerasnews.com/2446 ނޫސްވެރިކަމުގެ ހައްގު ކަށަވަރު ކުރުމުގައި ހުރިހާ ނޫސްތަކާއި ނޫސްވެރިން ޖުމްލަކޮށް ގިނަ ކަންކަމުގައި އެކައްޗެއް ކިޔައެވެ. ނޫސްވެރިކަން ކުރަނިކޮށް ނޫސްވެރިން ހައްޔަރު ކުރުމަކީ ހުރިހާ ނޫސްތަކާއި ނޫސްވެރިން ދެކޮޅުހަދާ ކަމެކެވެ. އެއްވެސް ފަރާތަކުން ނޫސްވެރިކަމުގެ މަސްދަރު ހާމަ ކުރުވަން އުޅޭ އުޅުމާ އެއްބަސްވާ ނޫހެއް ނޫސްވެރިއެއް އުޅޭހެނެއް ހިޔެއް ނުވެއެވެ. ނޫސްވެރިންނަށް ޖިސްމާނީ ހާނީއްކަ ކުރުމާ ދެކޮޅެވެ. މައުލުމާތު ހޯދާލިބި ގަތުމަށް ހުރަސްއެޅުމާ ވެސް ދެކޮޅެވެ. ރެގިއުލޭޓަރީ ބޮޑީއަކުން އެއްވެސް މީޑިއާއެއް ބޭން ކުރުމަކީ ގަބޫލުކުރެވޭ ކަމެއްނޫނެވެ. މި ނޫނަސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ކުރުމަކީ މުޅި މީޑިއާއިން ދެކޮޅުހަދާ ކަންކަމެވެ.  

    ނޫސްވެރި ކަމުގެ މިނިވަން ކަމުގެ ވާހަކަ ދައްކާއިރު ނުދައްކާ ވާހަކައެއް އޮވެއެވެ. ނަން ހިނގާ ބޮޑެތި މީޑިއާތަކުން ވެސް އަލަށް ފަށައިގަންނަ އެކިވަރުގެ މީޑިއާތަކަށް ކުޑައިމީސް ކުރާކުރުމުގެ ވާހަކައެވެ. އެތައް ބައިވަރު ނޫސްތައް ނެރެ ނޫސްވެރިކަން ފްލަޑްކުރާ ކަމަށްވެ އަލަށް ފަށައިގަންނަ ކޮންމެ މީޑިއާއަކީ ފޮޅިއެއްގެ ގޮތުގައި ބައެއް ނޫސްވެރިން ވެސް ސިފަކުރެއެވެ. 

    އެއްވެސް ނޫހަކީ އުފެދޭ ދުވަހު ލައްކައިން މިލިޔަނުން ފޮލޯވަރުން ތިބޭ ބައެއް ނޫނެވެ. މީޑިއާއެއްގެ ކިއުންތެރިންނާއި ބެލުންތެރިން އިތުރުވަނީ ގިނަ ދުވަސްވުމާއި ގެނެސްދޭ ކޮންޓެންޓްގެ މަގުބޫލުކަމުގެ މައްޗަށެވެ. ގިނަދުވަސް ވުމަކުންވެސް ރަނގަޅު ކޮންޓެންޓާ ނުލާ އެކަމެއް ނުވެއެވެ.

    ރާއްޖޭގައި ކިތަންމެ ބައިވަރު މީޑިއާއެއް ވުޖޫދުވެފައި އޮތަސް ދެމެހެއްޓެނި ގޮތެއްގައި ނުނެގެހެއްޓިއްޖެ ކޮންމެ މީޑިއާއެއް އޭގެ ޒާތުގައި ނެތިގެން ދާނެއެވެ. އެކަމަކާ ބަޔަކު މޭކަރާ ހަޖަމު ނުވެގެން އުޅޭކަށް ނުޖެހެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އޮންނަނީ ވަކިވަކި މީޑިއާތަކަކަށް އެކަންޏެއް ނޫނެވެ.

    ގާނޫނީ ހަމަތަކުގެ މަތިން ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް މީޑިއާއަކީ މީޑިއާއެއް ނޫންކަމަށް ބެލުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ނުއޮންނާނެއެވެ. މަޝްހޫރު ބޮޑެތި ބްރޭންޑްތައް ވެސް އެހިސާބަށް ދަނީ ފަށާއިރަކު ނޫނެވެ. ވަކި މަސްލަހަތެއްގައި ވަކި ނަޒަރިއްޔާއެއްގައި ހިންގަން ފަށާ މީޑިއާތައް އެގޮތުގައި އޮތުމަކީ މާސް މީޑިއާގެ ދުޅަހެޔޮކަން އިތުރުވާ ކަމެކެވެ. މީޑިއާ ކޮމިއުނިޓީ ބޮޑުވާ ކަމެކެވެ. އެކަމާ ވާންޖެހޭނީ އުފަލެވެ. 

    ހަވީރާއި އާފަތިހާ އެކަނި ރާއްޖޭގެ މީޑިއާ މޮނަޕޮލައިޒްކޮށްގެން ވަކިބައެއްގެ މިލްކެއްގެ ގޮތުގައި އޮތް އޮތުން މިހާރު މިއޮތީ ނިމިފައެވެ. ނޫސްވެރިކަން ކުރުމަކީ ވަކި ބަޔަކަށް އެކަނި ހުއްޓި ތަޅުލެވިފައިވާ ހައްގެއް ނޫނެވެ. މީޑިއާގެ މިނިވަން ކަމުގެ ހައްގުގެ ވާހަކަ ދައްކާއިރު ގާނޫނީ ހަތަކުގެ މަތިން ރަޖިސްޓްރީކޮށްގެން ހިންގާ "ތޮޅިއަކަސް ފޮޅިއަކަސް" އެ ހައްގުން މަހުރޫމެއް ނުކުރެވޭނެއެވެ. 

    މީޑިއާއެއް މީޑިއާއަކަށް ވަނީ ވަކިވަރަކަށް ދުވަސްވުމަކުން ނުވަތަ ވަކިބަޔަކު ހިންގަން ތިބެގެނެއްނޫނެވެ. ކިތަންމެ ހަގަސްް ކިތަންމެ ދޮއްޓަސް ކޮންމެ މީޑިއާއަކީ މީޑީއާއެކެވެ. ފޮޅިއެއް ނޫނެވެ. 

     

    ]]>
    Fri, 03 May 2024 21:39:32 +0500 ނިއުސް ޑެސްކް
    ނޫސްތަކަށް ދައުލަތުން ފައިސާދޭ އުސޫލެއް އޮންނާކަށް ނުޖެހޭ! https://heerasnews.com/2445 https://heerasnews.com/2445 ކޮންމެ ބަޔަކުވެސް އެބަޔަކު ބޭނުންނުވާ ގޮތަކަށް ހަބަރާ މައުލޫމާތު ފެތުރޭކަށް ނުވަތަ ފަތުރާކަށް ބޭނުމެއް ނުވާނެއެވެ. އެ ބަޔަކު ބޭނުން ނޫން ގޮތަކަށް ފަތުރާ ހަބަރާ މައުލޫމާތަކީ ތެދު ކަމަކަށްވެސް ގިނަ ފަހަރަށް ގަބޫލެއް ނުކުރާނެއެވެ. ކޮންމެ ބަޔަކަށްވެސް ނޫސްވެރިކަމާއި ނޫސްވެރިން މުހިންމުވަނީ އެބަޔަކު ބޭނުންވާ ކަމެއްގެ ހަބަރާއި މައުލޫމާތު ފަތުރާލަން ބޭނުން ވުމުންނެވެ. 

    ބަޔަކު ނޭދޭ ގޮތަކަށް ނޫސްވެރިކަން ކުރާނަމަ އެގޮތަށް ނޫސްވެރިކަން ކުރާ ބަޔަކާ ނުރުހޭ ދެކޮޅުވެރިން ވެސް ތިބޭނެކަން ނޫސްވެރިންނަށް އެގެންޖެހެއެވެ. ނުރުހޭ ބައެއްގެ އެއްބާރުލުން ނުލިބޭނެކަން ވެސް އެނގެން ޖެހެއެވެ. ތަފާތު މަސްލަހަތު ތަކުގައި ތަފާތު ގޮތްގޮތަށް ނޫސްވެރިކަން ކުރާއިރު އެކަން ގަބޫލު ކުރަންޖެހެއެވެ.

    ހުދުމުހުތާރު ވެރިކަމެއް އޮތްތަނެއްގައި ސަރުކާރުގެ އެއްބާރުލުން ލިބޭނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫސްވެރިކަން ކޮށްދީގެންނެވެ. ޑިމޮކްރަސީގެ ބޯޑު އަޅުވައިގެން ކުރާ ވެރިކަމެއް ނަމަވެސް ހުރިހާ ނޫސްތަކަށް އެއްވަރުގެ ހަމަހަމަ ފުރުސަތެއް ނޯވެއެވެ. އުސޫލުތައް ހަދައިގެންވެސް ދައުލަތުގެ ފައިސާ އޮހެނީ ސަރުކާރުގެ ރުހުން އޮންނަ ބަޔަކަށެވެ. ސަރުކާރަށް ފާޑުކިޔަމުން ސަރުކަރުގެ ތެރެއިން މާލީ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރުމަކީ މޮޔަކަމެކެވެ.

    އެހެންނޫނަސް ނޫސްވެރި ކަމުގެ މިނިވަން ކަމަކީ ސަރުކާރުތަކުން އެކަނި ހޯދާދެވޭނެ އެއްޗެއް ނޫނެވެ. އެއިރަކު އޮންނަ ސަރުކާރަށް ފާޑުކިޔާ ނޫސްތަކަށް އަމިއްލަ ވިޔަފާރިތަކުން ވެސް އެއްބާރުލުން ލިބޭނީ މަދު ފަހަރެއްގައެވެ. ސަރުކާރުން ފިއްތުމެއް ނުފިއްތިޔަސް ސަރުކާރަށް ފާޑުކިޔާ ނޫސްތަކަށް ގިނަ އަމިއްލަ ވިޔަފާރި ތަކުން އެހިތެރިވެދޭން ޖެހެލުންވުމުގެ ސަގާފަތެއް ރާއްޖޭގައިވެސް އޮވެއެވެ.   

    ކޮންމެ ނޫހަކުންވެސް އެބައެއްގެ ހަރަދު ބަރަދު ހަމަޖެއްސުމަށް ގޮތްތައް ހޯދާ ކެރި ފޯރުންތެރިކަން ހުންނަ މިންވަރަކުން ނޫސްވެރިކަން ކުރުމަކަށް ހުރަހެއް ނެތެވެ. އިންތިޒާމު ވެގެން ނޫސްތަކަށް ދައުލަތުގެ މާލިއްޔާއިން ފައިސާދޭ އުސޫލެއް ހަދާ ހިންގާކަށް ނުޖެހެއެވެ. ދައުލަތުން ނޫސްތަކަށް ފައިސާ ދިނުމަކީ އެއްހަމައަކުން އިންސާފުން ކުރެވޭނެ ކަމެއްނޫނެވެ. އެހެނަސް ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން އެމީހުންގެ މާކެޓިންގ ނިޒާމުގެ ތެރެއިން އެކުންފުންޏަކަށް އެންމެ މަންފާ ކުރަނިވި ގޮތަކަށް މަރކެޓިންނަށް ހަރަދު ކުރުމަކީ މުޅިން އެހެން ކަމެކެވެ.

    ދައުލަތުން ނޫސްވެރިކަން ކުރިއެރުވުމަށް ކޮށްދޭން ޖެހޭ މުހިންމު ކަންކަން އެބަހުއްޓެވެ. ނޫސްވެރިކަމާ ގުޅުން ހުރި ފަންނު ތަކުން މީހުން ބިނާކުރުމަކީ ވަރަށް ބޭނުން ތެރިކަމެކެވެ. މައުލޫމާތު ހޯދާ ލިބިގަތުން ފަސޭހަކޮށް ދިނުމަކީ އެހާމެ އިސްކަންދޭން ޖެހޭ ކަމެކެވެ. ނޫސްވެރިންނާއި ނޫސްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހެއެވެ. ނޫސްވެރިކަމުގެ ގާނޫނީ އޮޅިތައް ތިރި ކުރަން ޖެހެއެވެ. މިނިވަން ނޫސްވެރި ވެއްޓެއް ނަގަހައްޓާ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ޒިންމާދާރު ސެލްފްރެގިލޭޓަރީ ބާރަކަށް ނޫސްވެރިކަން ހަދާދެން ޖެހެއެވެ. ނޫސްވެރިކަމުގެ އަގުވަޒަން ކުރުމަކީ ހިތްވަރު ލިބޭނެ ކަމެކެވެ.

    ]]>
    Fri, 03 May 2024 19:42:06 +0500 ނިއުސް ޑެސްކް
    ފޭލިވީ އެމްޑީޕީގެ ލީޑަރޝިޕެއް ނޫން! ފޭލިވީ ނަޝީދު! https://heerasnews.com/2443 https://heerasnews.com/2443 2023 ރިޔާސީ އިންތިހާބުން ފޭލިވެ 2024 ގެ މަޖިލިސް އެމްޑީޕީއަށް ގެއްލުމުން ލީޑަރޝިޕް އިސްތިއުފާ ދޭން ޖެހެނީ ކީއްވެހެއްޔެވެ. އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި މަޖިލިސް މެޖޯރިޓީ ގެއްލުނީ އަލަކަށް ނޫނެވެ.

    2008ގައި ލިބުނު ވެރިކަން ދައުރު ހަމަޔަށް ދެބައިނުވެ ގެއްލި މުޅި ޕާޓީ މަގުމަތިވިއެވެ. އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. 2009ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް ވެރިކަމުގައި ތިބެ އެމްޑީޕީއަކަށް ނުހޯދެއެވެ. އެކަމަކު ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. ވެރިކަމުން އިސްތިއުފާދިން ބަގާވާތުގެ ޖަޒްބާތުގައި ރައްޔިތުންގެ ހަމްދަރުދީ އާއި އެކުވެސް 2013ގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ވީފޭއްޔެވެ. ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. 2014 މަޖިލިސް އިންތިހާބުގައި އެމްޑީއަށް މެޖޯރިޓީއެއް ނުހޯދެއެވެ. އެހެނެއް ކަމަކު އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. އެހުރިހާ ފޭލިވުމެއް ފޭލިވީއިރު ލީޑަރަކަށް ހުރީ ރައީސް ނަޝީދެވެ.

    ރައީސް ނަޝީދު ލީޑަރޝިޕްގައި ނެތުމުން ޖެހިޖެހިގެން ދެ އިންތިހާބުން ފޭލިވިއްޔޭ ބުނެ ބަޔަކު ވައްވައް އެބަޖަހައެވެ. އެބަޔަކު އެގޮތަށް ފިތުނަވެރި ޗައްކަރު ޖަހާއިރު މީގެ ކުރިން ދޫކޮށްލި ވެރިކަމާއި ގެއްލުނު އިންތިހާބުތައް ގެއްލިފައި ހުރީ ރައީސް ނަޝީދުގެ ލީޑަރޝީޕްގައިކަން ހަނދާނެއް ނެތެވެ. 

    އެންމެ ރަނގަޅެވެ. މިހާރުގެ ލީޑަރޝިޕް ކަޑަވެގެން ލީޑަރޝިޕް ބަދަލުކޮށް އެމްޑީޕީ ރޫޅާލަން ނިކުތް މީހުނަށް އެމްޑީޕީ ހަވާލު ކުރަންވީ ސަބަބެއް ބުނެދީބަލާށެވެ. ހަމަ ގައިމުވެސް އެމްޑީޕީއަށް ރައީސް ނަޝީދުގެ ފުށުންވީ ރަނގަޅަށްވުރެ ލިބުނު ގެއްލުން މާބޮޑެވެ. ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުން ތަކެއް ދިނުމުގެ އިތުރަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގައި ފޭލިވެފައެވެ.

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ވެސް ނަޝީދުވީ ބޮޑުފޭއްޔަކުން ފޭއްޔެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައިސް ސޯލިހު އެމްޑީޕީގެ ޓިކެޓްގައި ނުކުންނަވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުންނާ ވާދަކުރައްވާ 86161 ވޯޓް ހޯއްދެވިއެވެ. ރައީސް ނަޝީދު ލީޑްކުރި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 15789 ވޯޓެވެ. 

    އިދިކޮޅުން ފެތުރިހާ ދޮގާއި އެމްޑީޕީ ފޭލިކޮށްލަން އިދިކޮޅާ ގުޅިގެން ރައީސް ނަޝީދާއި އޭނާގެ އައުވާނުން ކުރި މަސައްކަތުން 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނެވެ. އެމްޑީޕީއަށް އިންތިހާބު ގެއްލުނު ނަމަވެސް ރާއްޖޭގެ ތާރީހުގައި ރިޔާސީ އިންތިހާބެއްގައި ބަލިވި ކެންޑިޑޭޓަކަށް ލިބުނު އެންމެ ގިނަ ވޯޓް ހޯދާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓް ރައީސް ސޯލިހެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް 109868 ވޯޓް ރައްޔިތުން ދިނެވެ. 

    އަނެއް ކޮޅުން ވެރިކަމުގެ ނުފޫޒާއި މިލިޔަނުން އެޅި ރިޝްވަތާއި ސަރުކާރުން ބެހިހާ ވަޒީފާއާއި އެމްޑީޕީއާ ދެކޮޅަށް ރައީސް ނަޝީދު ކުރި އެންޓިކެންޕޭނާ އެކުވެސް އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 59 ހާހަށްވުރެ ގިނަވޯޓު ހޯދާފައިވެއެވެ. މަޖިލީހުން ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނީވެސް އެމްޑީޕީއަށެވެ. ރައީސް ނަޝީދުގެ ޑިމޮކްރޭޓްސަށް އެންމެ ގޮނޑިއެއްވެސް ނުލިބުނެވެ.

    މިހުރިހާ ހަގީގަތެއް މިހެން ހުރުމުން އެނގެނީ އެމްޑީޕީގެ ލީޑަރޝިޕް ފޭލި ނުވާކަމެވެ. ފޭލިވީ ރައީސް ނަޝީދުކަމެވެ. ނަޝީދުގެ ޖާދޫގައި ޖެހިގެން އުޅޭ މީހުން ކަމެވެ.

    ނަޝީދަށް ވެރިކަން ކުރަން ލިބި ނުކުރެވި ވީ ފޭއްޔެވެ. އެމްޑީޕީ އަޅުވެތި ކުރިކުރިމާއި ރޫޅާލަން ކުރި މަސައްކަތުގައި ވެސް ނަޝީދުވީ ފޭއްޔެވެ. އެމްޑީޕީ އަނބުރާ ހޯދަން ނަޝީދު ކައްކާ ގޭހުން ވިރި ހުސްވާނީވެސް ނަޝީދެވެ. ނަޝީދަށް ބާރުނެތް އެމްޑީޕީއެއް ނުބޭއްވުމަށް ދިރުވަން އުޅުނު ފިކުރު މަރުވެ ޑެމްސް ދޮޅިކެނޑި މުޅައަށް ވުމުން އަނބުރާ އެމްޑީޕީ ހޯދަން ނޫޅޭށެވެ. 

    ]]>
    Thu, 02 May 2024 12:48:13 +0500 ނިއުސް ޑެސްކް
    50 ސްކޫލަކަށް ބޮމުގެ އިންޒާރު! https://heerasnews.com/2442 https://heerasnews.com/2442 އިންޑިއާގެ ދިއްލީގެ 50 ސްކޫލަކަށް ބޮމުގެ އިންޒާރު ލިބިއްޖެއެވެ. 

    މި އިންޒާރުތައް ލިބުނީ ބުދަ ދުވަހު މެއިލް މެދުވެރިކޮށެވެ. އެއާ އެކު ސްކޫލްތަކުން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ދަރިވަރުން ގެއަށް ފޮނުވާލާފައެވެ. 

    މެއިލް މެދުވެރިކޮށް ލިބުނު މި އިންޒާރުތަކާއި ގުޅިގެން ހުރިހާ ސްކޫލެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި މިހާތަނަށް ތުހުމަތު ކުރެވޭ އެއްޗެއް ފެނިފައިނުވާ ކަމަށް އިންޑިއާގެ ސަލާމަތީ އިދާރާތަކުން ރިޕޯޓު ކޮށްފައިވެއެވެ. 

    މިހާތަނަށް ކުރި ތަހުގީގު ތަކުން އެނގިފައިވާ ގޮތުގައި މިއީ ކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ގޮތުން ފޮނުވާފައިވާ މެއިލްތަކެއް ކަމުގައި ބެލެވޭ ކަމަށް އިންޑިއާގެ ސަލާމަތީ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ. އަދިވެސް އިތުރު ތަހުގީގުތައް ކުރިއަށް ދާއިރު، ދަރިވަރުންނާއި ބެލެނިވެރިން ހާސްވެ ކަންބޮޑު ނުވުމަށް އިލްތިމާސް ކޮށްފައިވެއެވެ.

    ]]>
    Wed, 01 May 2024 14:53:42 +0500 ނިއުސް ޑެސްކް
    ރައްޔިތުން ދަވާލާނެ ވަރަށް މޮޅު ގޮތެއް! https://heerasnews.com/2441 https://heerasnews.com/2441 ހޫނުމޫސުމަކީ އާންމު ގޮތެއްގައިވެސް ކަރަންޓު ބިލް ބޮޑުވާ ދުވަސްވަރެއްކަމީ އެންމެންވެސް އެއްބަސްވާނެ ކަމެކެވެ. ހާއްސަކޮށް ހޫނުމިން އިންތިހާއަށް އިތުރުވެފައިވާ މި ދުވަސްކޮޅުގައި ކަރަންޓު ބިލް ބޮޑުވެދާނެއެވެ. އެހެންނަމަވެސް، ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވާ މައްސަލަ މިވަނީ ފެންމަތިވެފައެވެ. 

    ސޯޝަލް މީޑިއާގައި ގިނަ އާއްމު ރައްޔިތުން ކަންބޮޑުވުންފާޅު ކުރަމުންދާއިރު، 1000 ރުފިޔާ އަށް ވުރެ ދަށުން ކަރަންޓު ފީ އަބަދުވެސް އަރާ ގެތަކަށް 4000ށް ވުރެ މަތިން ކަރަންޓު ބިލް އައިސްފައިވުމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިއީ ކަރަންޓު ބޭނުންކުރި މިންވަރަށްވުރެ އިތުރަށް ކޮށްފައިވާ ބިލްތަކެއް ކަމަށް  ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

    ކަންމިހެން އޮތްއިރު، ނިމި ދިޔަ ރޯދަމަހުގެ ކަރަންޓު ފީ ކުޑަކޮށްފައިވަނީ މަޖިލިސް އިންތިހާބަށް ރައްޔިތުން ހައްލާލުމުގެ ގޮތުންކަމަށް ބުނުމަކީ ދޮގެކޭ ބުނެވޭނޭ ޖާގައެއް ނެތެވެ. އިންތިހާބުން ސުޕަމެޖޯރިޓީ ލިބުމާ ކަރަންޓު ބިލްތަށް ބޮޑުވުން ދިޔައީ އެކުއެކީގައެވެ. 

    ބިލްތައް އާދަޔާ ހިލާފަށް ބޮޑުވި ނަމަވެސް ބިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ބުނެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މި މައްސަލަ ދިފާއު ކުރިކަމުގައި ވިޔަސް ހަގީގަތް ވާނީ ހަގީގަތަށެވެ. 3000 އިން 4000 އިން ބިލްތައް ކުއްލިއަކަށް ކަރަންޓު ބޭނުން ނުކުރާ މިންވަރަށް އަރައިގެން ދާންވީ ސަބަބެއް ނެތެވެ. 

    ފަހުމީ ވިދާޅުވެފައިވަނީ ރޯދަ މަހު ޑިސްކައުންޓްގެ ގޮތުގައި 20 މިލިއަން ރުފިޔާ ބިލްތަކުން ކަނޑާފައިވާނޭ ކަމަށެވެ. އެހެން ކަމަށް ވަނީ ނަމަ މިއީ ގެއްލުނު 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ސަރުކާރުން ޖަހާ ދަންތުރައަކަށް ވުން އެކަށީގެންވެއެވެ.

    މުއިއްޒު ގެންނަން ވައުދުވި "ހެޔޮ" ވެރިކަމަކީ މިއީ ކަމަށް ވެދާނެއެވެ. ނިކަމެތި ރައްޔިތު މީހާގެ ޖީބު ދޮވެލައިގެން ދައުލަތަށް ލިބޭ ފައިސާ ފެންފޮދަކާނުލާ ދިރުވާމަކީ މި ސަރުކާރުގެ "ހަރުދަނާ ސިޔާސަތު" ކަމުގައިވެސް ވެދާނެއެވެ. އަބަދުވެސް އިވެނީ "ރައްޔިތުން ސަލާން ޖަހަން ނުޖެހޭ ނިޒާމަކަށް" ގެންދަން އައި ސަރުކާރަކީ މި ސަރުކާރު ކަމުގައިއެވެ. އަޑުއިވޭ ބަހާއި ކުރާ އަމަލާއި އުޑާ ބިމާ ހާވެސް ތަފާތެވެ. މި ސަރުކާރު އިންތިހާބު ކުރެވުނު ފަހުން ރައްޔިތުން ދަވާލަން ލިބުނު އެންމެ ފުރުސަތެއްވެސް ދޫކޮށްލާފައި އަދި ނެތެވެ. 

    ކަރަންޓު ބިލްތަކުން ޖީބުތައް ދޮވެލި ސަރުކާރުން ދެން ދޮވެލާނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތިން ނޫންކަމެއްވެސް ނޭނގެއެވެ. މި އޮތީ ވާ ސަރުކާރެކެވެ.

    ]]>
    Wed, 01 May 2024 14:41:55 +0500 ނިއުސް ޑެސްކް
    މަސައްކަތްތެރިންގެ ހައްގު ކުރިއަރުވާނެ ސިކުނޑިއެއް ނެތް: ޖަމީލް https://heerasnews.com/2440 https://heerasnews.com/2440 ރާއްޖޭގައި މަސައްކަތްތެރިންނަށް އޮތްގޮން ޖެހުން ބޮޑުކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަސައްކަތްތެރިންގެ ދުވަހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

    ޑރ. ޖަމީލު ފާހަގަ ކުރެއްވި ގޮތުގައި މަސްވެރިންނަށް މަހުގެ އަގު ނުލިބި އެ ޞިނާޢަތް ދަނީ ހީނަރުވަމުންނެވެ. އަނެއްކޮޅުން ކިޔަވައިގެން ތިބި ސިވިލް ސަރވެންޓުންގެ މުސާރަ ސިޔާސީ އެކްޓިވިސްޓުންގެ ނިސްބަތުން ކަންބޮޑުވާ ދަރަޖަޔަށް ދަށްކަމަށް ފާހަގަ ކުރެއްވިއެވެ.

    ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑަތި މަގާމްތަކުގައި ތިބެނީ ބޭރު މީހުންކަމާއި އެފަދަ މަގާމްތަކުގައި ތިބޭ މަދު ދިވެހިންނާ މުސާރައިގެ ބޮޑަތި ފަރަގު ހުންނަކަމަށް ފާގަކުރެއްވީ ރާއްޖޭގެ ބްރޭންޑް އަގުބޮޑުކަން ފާހަގަ ކުރައްވަމުންނެވެ. 

    ފަތުރުވެރިކަމާބެހޭ ވަޒީރުގެ ނާގާބިލުކަން ދޭހަވާ މޭރުމަކުން ޖަމީލު ވިދާޅުވީ މިއަދު އެދާއިރާގެ މޫނުބަލާ ލޯގަނޑުކަމަށްވަނީ ވަޒީރު ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީރުކަމުގައި ނާގާބިލު ވަޒީރަކު ހުންނަ ހުރުމުން ދޭހަވަނީ ސަރުކާރު ސީރިއަސް ނޫންކަން ކަމަށް ޖަމީލު ނުސީދާކޮށް ފާހަގަ ކުރައްވައެވެ. އިތުރު ތަފްސީލް ދެއްވަމުން ޖަމީލު ވިދާޅުވީ ސަރުކާރަށް މުހިއްމީ ވަރުގަދަ ބްރޭންޑްތައް ތަމްސީލުކޮށް މާރކެޓް ކުރުމަށް ފެންވަރާއި ހުނަރު ދެއްކުމަށް ވުރެ ސިޔާސީ ސްކޯރ ކުރެވޭތޯ ބެލުން ކަމަށެވެ.

    ނަތީޖާއަކީ ގައުމަށް އެންމެ މުހިއްމު ސިނާޢަތުގެ ވެރިންނާ، މަސައްކަތްކުރާ އެންމެންގެ ޙައްގު ކުރިއަރުވާނެ ސިކުނޑިއެއް ނެތުން ކަމަށް ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުން ފޮނުވުމަށް ޑރ. ޖަމީލު މިއަދު އެކްސްގައި ކުރި ޕޯސްޓެއް ގައި ވެއެވެ.

    ]]>
    Wed, 01 May 2024 14:23:48 +0500 ނިއުސް ޑެސްކް
    ނަޝީދަށް: ކުރިން އެކުގައި ނުކުރިކަމެއް މިހާރަކު ނުކުރެވޭނެ! https://heerasnews.com/2439 https://heerasnews.com/2439

    ދިވެހި ރާއްޖޭގެ ކުރި މަގެއް އޮތްކަން ޑިމޮކްރެޓުންނަށް އިހުސާސްވީ އަދި ކިރިޔާ ހެއްޔެވެ. ކެނެރީގޭ ނަޝީދު ނޫން މީހަކު އެމްޑީޕީން ވެރިކަން ކުރާތައް ދެކެން ހަޖަމު ނުވެގެން އުޅުނު އިރު އެބުނާ ގައުމާއި ކުރިމަގު އޮތީ ކޮންތާކު ހެއްޔެވެ. ދަ ޑިމޮކްރެޓްސަށް ގައުމުގެ ކުރިމަގު އޮތްކަން އެނގުނީ މަޖިލީހުން އެންމެ ގޮނޑިއެއް ނުލިބި ހުޅުނބު ފޭބީމާ ހެއްޔެވެ.

    ރައީސް ސޯލިހާއި ރައީސް ނަޝީދު އެއްގަލަށް އެރުވުމުގެ ވާހަކަ އަލީ އާޒިމުމެން ދެއްކީމާ ލަވަނީ ހޮޑެވެ. އެމްޑީޕީއަށް ގައުމު ބަދަލުކޮށްލަން ލިބުނު ރަނުގެ ފުރުސަތު ގެއްލުނީ ތިޔަ ބުނާ ނަޝީދަކަށް ވެރިކަމުގެ ބާރުތައް ހޯދާދޭން ރައީސް ސޯލިހުގެ ސަރުކާރު ހަވަރަށް ދީގެން ނޫން ހެއްޔެވެ. ދިވެހި ވެރިކަމަކީ ކެނެރީގެ ނަޝީދު ނޫން މީހަކަށް އޮވެގެން ވާނެ އެއްޗަކަށް އޭރަކު ނުވެއެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ބާރުތައް ފިރުކައި ގަންނަށް ނަޝީދުމެން ނުކުރަނީ ކޮންކަމެއް ހެއްޔެވެ. 

    އެމްޑީޕީއަށް އޮތް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނަޝީދު އުޅުނީ ވެރިކަމުގެ ބަރުތައް އަތަށް ކަހާލާށެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލައިގެން ބޮޑުވަޒީރުކަން ހޯދާށެވެ. އެކަމަށް ރައީސް ސޯލިހު އެއްބަސް ނުވުމުން ކެނބު ކެނޑިގެން ނުއަތަށް އެނބުރެގަންނަ ސަރަކައެއްހެން ނަޝީދު އެނބުރިގަތީ ރައީސް ސޯލިހާ ދެކޮޅަށެވެ. ދެނަކާ ދެނެއްނެތެވެ.

    އެމްޑީޕީގެ އިސް ސަފުން ރައީސް ސޯލިހަށް ވާގިވެރިވީ ކޮންމެ މީހެއްގެ އިއްޒަތުންނަފުސު ވެއްޔާ މޮޑެލިއެވެ. އެމްޑީޕީގެ ވެރިކަން ދިފާއު ކުރަން މަސައްކަތްކުރި ކޮންމެ މީހަކީ ބޯވަޔަށް މީދަލަށް ވާލަށް ހެދިއެވެ. ރައީސް ސޯލިހު ސަރުކާރުން ރާއްޖޭގައި ހިންގި ތަރައްގީގެ ކޮންމެ ކަމަކީ ކޮރަޕްޝަން ކަމަށް ސިފަކޮށް ނަޝީދާ ބައިވެރި ނުވި އެމްޑީޕީ ކޮންމެ މީހަކީ ވަގަކަށް ހެދިއެވެ. އެމްޑީޕީގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިނދެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ވަގު ތުހުމަތު އަޅުވާ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދިއެވެ. 

    ކޮވިޑްގެ ހާލަތުވެސް ނަޝީދު ބޭނުންކުރީ ރައީސް ސޯލިހުގެ މަގުބޫލުކަން ގެއްލުވާލާ ވެރިކަން އަތްމައްޗަށް ފުރޮޅާލަން ބޭނުންކުރި ހަތިޔާރަކަށެވެ. ދެކުނު ކަނޑުގެ އިގްތިސާދީ ސަރަހައްދުގެ އިމުގެ މައްސަލަ އިޓްލޮސްއިން ހަމަޖެެއްސި ހަމަޖެއްސުން ވެސް ނަޝީދު ރައްޔިތުންނަށް ސިފަކޮށްދިނީ ކަނޑު ވިއްކާލުމުގެ ގޮތުގައެވެ. ރަށްރަށުގެ ބަނދަރާއި ފެނާ ނަރުދަމާ ގާއިމު ކުރުން ނަޝީދު ސިފަކުރީ އިސްރާފާއި ކޮރަޕްޝަނުގެ ގޮތުގައެވެ. އެންމެ ފަހުން ނަޝީދު މަރާލަން އުޅުމުގެ ތުހުމަތުވެސް ސަރުކާރަށާއި ރައީސް ސޯލިހަށް ކުރީއެވެ.

    ސަރުކާރާ ދެކޮޅަށް ޕެޓިޝަނާއި ގަރާރުތައް ހުށަހަލުވައިގެން މަޖިލީހުގެ ތެރޭގައި ނަޝީދު ކުރުވި ކަމަކީ ރައީސް ސޯލިހުގެ ވަރަ ކޮށާލުމެވެ. އިދިކޮޅަށްވުރެ އިދިކޮޅުވެގެން އިދިކޮޅާ ގުޅިގެން އައުވާނުންނާއެކު އެމްޑީޕީން ނިކުމެ ދިމާކުރީ އެމްޑީޕީ ރޫޅާލާށެވެ. އިބޫ ނޫން ގޮތެއް ހޯދާށެވެ. 

    ރިޔާސީ އިންތިހާބުގައި ހުރީ މުއިއްޒު އަތުގައި ހިފައިގެން އިބޫނޫން ގޮތެއް ހޯދަން ނިކުމެއެވެ. ހުތުރު ބައްޔަކުން ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސް ބަލިވުމުން ވެސް ހޭނާރާ ދެވަނަ ބުރުގައިވެސް ނިކުމެތިބީ އެމްޑީޕީ ނޫން ގޮތެއް ހޯދާށެވެ. ނަޝީދު ނެގިނެގިފައި ޖެހުމުންވެސް ރިޔާސީ އިންތިހާބުގައި އެއްލައްކަ ނުހާހަށްވުރެ ގިނަ ވޯޓު އެމްޑީޕީ ހޯދީ ނަޝީދަށް އެމްޑީޕީ ރޫޅާ ނުލެވުނީމައެވެ. 

    ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް ވެރިކަމުގެ ހައްދެއް ނެތް ނުފޫޒާއި މިލިޔަނުން އެޅިހާ ފައިސާއާއި ދެކޮޅަށް އެމްޑީޕީން 59000 ވޯޓު ހޯދީ އެމްޑީޕީ ގަދަކޮށް އޮތީމައެވެ. އެހާލަތުގައި ވެސް. ނަޝީދު ދިމާކުރީ އެމްޑީޕީއާއެވެ. ފާރަވެރި މަޖިލިސް ބޮލަށް ލައިގެން ދަ ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއްވެސް ނުލިބި ވީބައްޔެވެ. ޑެމްސަށް ގޮނޑިއެއް ނުލިބި އެމްޑީޕީއަށް މަޖިލީހުން ބާރަ ގޮނޑި ލިބުމުންވެސް ނަޝީދުގެ މަގުބޫލުކަން ގައުމުގައި ނެތް މިންވަރު ސާފުވެއެވެ. 

    ދާއިރާގައި ރަސްކަން ކުރަމުން އައި އިންތިއާއި އަލީ އާޒިމާއި އީވާމެން ބަލި ބުޅާގަޑަކަށްވުރެ ބަލިވީމާ ނަޝީދޭ ސޯލިހޭ އެއްގަލޭ އެމްޑީޕީއޭ މިހާރަކު ކިޔާނެކަމެއް ނެތެވެ. ވެރިކަމުގައި އެމްޑީޕީ އޮތްއިރު ރައީސް ސޯލިހާއެކު ކުރާނެ ސިޔާސީ މަސައްކަތެއް ނެތް ނަޝީދަކަށް މިހާރަކު ރައީސް ސޯލިހާއެކު ކުރާނެ ސިޔާސީ މަސަކަތެއް ނޯންނާނެއެވެ. .

    ]]>
    Wed, 01 May 2024 13:42:51 +0500 ނިއުސް ޑެސްކް
    މަޖިލިސް އިންތިހާބަށްފަހު މުއިއްޒު ކުރުދޮއްޓަށް https://heerasnews.com/2438 https://heerasnews.com/2438 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތީގައި އޮތުމުން ނުކޮށް ބައްޓާފައިހުރި ކަންކަން އެއްވާނަކަށް މުއިއްޒު ކުރަންފަށައިފިއެވެ. ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ވެގެން ކުރަން ނުކެރިފައި ހުރި ގިނަ ކަންތައް ތަކެއް ޖެހެލުމެއް ނެތި ކުރާނެކަމުގެ އަލާމާތް މިހާއަވަހަށް ފެންނަން ފެށީއެވެ. އަދި އެއުޅެނީ ރައްޔިތުންގެ މަޖިލީހަށް ހޮވުނު މީހުން ހުވާ ނުކޮށެވެ. 

    ހިޔާވަހިކަން ހޯދުމުގެ ޕްރޮގްރާމްގެ ދަށުން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓްގަންނަން އެތައް ބަޔަކު އޮތީ ހުށަހަޅާފައެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތާ ހޭދަކޮށްގެން ބަޔަކު ޕޯޓަލަށް ހުށަހެޅީ އުންމީދާ ޔަގީން ކަމާއެކުގައެވެ. އެއްވެސް ބެލުމެއް ހިޔާލެއްނެތި އެތައްބައެއްގެ އުންމީދުގައި ކޮޅުފައިން ޖަހާ ޕޯޓަލު މެދުވެރިކޮށް ވިނަރެސް ފްލެޓް ގަންނަން ހުށަހެޅި ހުރިހާ ހުށައެޅުމެއް ބާތިލުކޮށްލީއެވެ.

    ވިނަރެސް ފްލެޓް ނުވިއްކާ ގޮތަށް ނިންމީ މުއިއްޒު ބޭނުންވާ ބަޔަކަށް ވިނަރެސް ފްލެޓްތައް ބަހާލުމަށެވެ. ބޯހިޔާވަހި ކަމުގެ ހާލަތު ކިތަންމެ ގޯހަސް ވަރިހަމަތާއެވެ. މުއިއްޒު ސަރުކާރުގެ ކުރިން އޮތް އެއްވެސް ސަރުކާރަކުން ނިންމާފައި އޮތް ނިންމުމެއް އުވާނުލާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ދީފާވާއެއްޗެއް އަތުނުލާނެ ކަމުގެ އެއްވެސް ކަށަވަރުކަމެއް ނެތެވެ. 

    ޗައިނާއާި ތުރުކީގެ އަސްކަރީ އޮޕަރޭޝަނަށް ރާއްޖެ ހުޅުވާލެވިއްޖެއެވެ. ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދެއް ސިޔާސީ ސަރަހައްދެއް ބަލާނެ ކަމެއްނެތެވެ. ކަނޑުއަޑީގެ ސާވޭ ހެދިޔަސް މައުދަން ނެގިޔަސް މަސް ހިފިޔަސް ހެވެވެ. ޗައިނާއާއި ތުރުކީ ކުރާނެ ކަމެއް ކުރާނެ ވަރަކަށް ކުރާނެ އިރަކުން ކުރާކަށް މަނަލެއްނޫނެވެ.

    ބ. ހިބަޅިދޫ އަކީ ތަރއްގީ ކުރުމަށް ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި އޮތް ރަށެވެ. ސަރުކާރުން ވެފައިވާ އެއްބަސްވުމަށް އެއްވެސް ހުރުމަތެއް ނެތި ހިބަޅިދޫ އަތުލުމުގެ މަސައްކަތް މުއިއްޒު އެވަނީ ފަށާފައެވެ. ހިބަޅިދޫގައި ތިބި ބިޒްނަސް މޯލްޑިވްސްގެ މީހުން ހަމައެއް ލަމައެއްނެތި ގަދަކަމުން ބާލާ އެރަށް ހުސްކުރަނީއެވެ. ޝަރީއަތެއް ގާނޫނީ ހަމައެއް މުއިއްޒަކަށް ނެތެވެ.

    މީހުނަށް ވަޒީފާ ދެނީވެސް މަދެއް ސުމާރެއް ކޮށްނޫނެވެ. އުޑެއް ބުޑެއް އެނގެއެއް ނޭގެއެއް ނުބަލައެވެ. ސިވިލް ސާވިސްއިން ވަކިވެފައިވާ އެތައް ބަޔަކު އަނބުރާ ވަޒީފާއަށް ނެރެނީޔޯލައެވެ. އައުވާނުނަށް ވަޒީފާ ހޯދަދޭން މިޖަހަނީ ވަކިން ކުޑަ މަޅިއެއް ނޫނެވެ.

    މިމޭރުމުން އަމުނާލުމަށް ކޮންމެ ދުވަހަކު އެތައް ކަމެއް މުއިއްޒު ދާނީ ކުރަމުންނެވެ. ނަމުގާ ރައްޔިތުންގެ ލާބައަށެވެ. ފުރިގެން ބަންޑުން ވާނީ މުއިއްޒުގެ އަންބޮނޑިއެވެ. ފެނިގެންދާނީ މުއިއްޒުގެ ގޮށްމުށު ބާރެވެ.

    އެންމެ އަވަހަށް ދެން ފެންނާނީ ގެދޮރުވެރި ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާ ގެޒެޓް ކޮށްފައިވާ ފަރާތް ތަކައް ފްލެޓް ނުދޭން ނިންމާ ތަނެވެ. އިވޭނީ ބިންވެރިޔާގެ ޕްރޮގްރާމްގެ ގިނަ ގޯތިތަކެއް ދޭން ކަނޑައަޅަފާވާ މީހުންނަށް ދެވެން ނެތް ކަމަށް ކަނޑަ އަޅާއަޑެވެ. ފުށި ދިއްގަރުފަޅު ހިއްކާފައި ނޫނީ ގޯތި ނުދޭން ނިންމާ ނިންމުމުގެ އަޑެވެ.

    ]]>
    Tue, 30 Apr 2024 21:35:48 +0500 ނިއުސް ޑެސްކް
    އަދުރޭގެ ޅެމަކީ އަނިޔާގެ ދައުވަތު ކާޑެއް https://heerasnews.com/2437 https://heerasnews.com/2437 ވަކި މީހެއްގެ ވާހަކަ ނުބުނެ މުއިއްޒުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުއްލާ މާ ވަރުގަދަ ޅެމަކުން ޅެމުގެ ފަރުވާއެއް މިއަދު އެކްސްގައިޕޯސްޓް ކޮށްފިއެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެޅެމުން ނަސޭހަތްތެރި ވެފައި ވަނީ ކުރީގެ ރައިސް ޔާމީނަށެވެ. "އަރަފާ"ގެ ނަސޭހަތް ކަމުގައި ސުރުހީ އަޅައިގެން  ހަދާ ޝާއިއު ކުރި ޅެމުގެ ރައްދުގައި މިއޮތީ ރަނގަޅު ޅެމުގެ ފަރުވާއެކެވެ. 

    ]]>
    Tue, 30 Apr 2024 19:39:12 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ ދީނީ ސަރުކާރުން މަރަށް މަރުހިފާކަށް ނުކެރޭނެ! https://heerasnews.com/2436 https://heerasnews.com/2436 ސަމާލުކަމަށް: މިލިޔުމަކީ މިނޫހުގެ https://heerasnews.com/2434 ގެ ތަކުރާރުކޮށް ލުމެކެވެ.
    އެމްޑީޕީ ސަރުކާރު ލާދީނީ ވެގެން ކަންތައް ތަކެއް ނުކުރި ކަމަށް ބުނެ ބޮޑެތި ތުހުމަތުތައް ވެރިކަމަށް އަންނަން ވެގެން މުއިއްޒުމެން ކުރިއެވެ. ވެރިކަން އޮތީ ދީނީ ބައެއް ކަމަށް ދެއްކިގެން އުޅުނު މުއިއްޒުމެން އަތުގައެވެ. 
    20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ސަރުކާރު ބޭނުންނަމަ، މިޤައުމުގައި ނުކުރެވޭނެ އެއްވެސް ކަމެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒު ބޭނުވެގެން ކުރަން އުޅޭކަމެއް ނުކުރެވި އޮތުމަކަށް ބަހަނާއެއް ހުއްޖަތެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒުގެ ދީނީ ސަރުކާރުން ދީނީ ކަމެއް ކުރާކަށް އެއްވެސް ހުރަހެއް މިހާރަކު ނުއޮންނާނެއެވެ. 
    އަންނަނިވި ބައެއް ކަންކަމަކީ ދީނީވެގެން އުޅޭ މީހުން ރާއްޖޭގައި ތަންފީޒުނުވާތީ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ބައެއް ކަންކަމެވެ. ރައީސް މައުމޫނާ ދެކޮޅަށްވެސް އެންމެ ބާރަށް ދެއްކިވާހަކަތަކެވެ. އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ ކިޔާ ތަސްބީހަތަކެވެ. 
    • ބަނގުރަލާ އޫރުމަސް ވިއްކުން ހުއްޓުވުން
    • ރިބާގެ މުޢާމަލާތް ހުއްޓުވުން
    • ރިބާ ނަގާދިނުމަށް ހުކުން ކުރުން ހުއްޓުވުން.
    • މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން.
    • އިސްލާމީ ޝަރީއަތާ އެއްގޮތަށް ޢަދުލަށް ހުކުމް ކުރުން.
    • ޝަރުއީ ހައްދު ގާއިމުކޮށް މަރަށް މަރުހިފުން.
    • ސްޕާތައް ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުން.

    ބުނެވި ދިޔަ ކަންކަމަކީ ދައުލަތުން އަތްގުޅި ނުކާވަރު ހޭދަތަކެއް ނުކޮށްވެސް ކޮށްލެވެން ހުރި ކަންކަމެވެ. ގާނޫނުތަކާއި އުސޫލުތަކަށް ގެނެވޭ ބަދަލު ތަކަކުން ތަރުތީބުވެ ތަންފީޒު ކުރެވޭނެ ކަންކަމެވެ. ބޭނުންވާނީ ކެރުމެވެ. ހިތްވަރެވެ. 

    ދީނަށް ލޯބިކުރާ މާއްދިއްޔަތަށް އަޅުވެތިނުވާ ލާދީނީ ކަމެއް ނެތް ސަރުކާރަކުން ކޮށްލާކަށް އެއިއްޔަކީ ބޮޑެތިކަންކަމެއް ނޫނެވެ. މުއިއްޒުމެން ބުނާ ލާދީނީ ސަރުކާރު ތަކަށް ކުރަން ނުކެރުނަސް މުއިއްޒުގެ ދީނީ ސަރުކާރަށް ވެސް އަތްކަނޑާކަށް ނުކެރޭނެއެވެ. ގިސާސް ހިފާކަށް ނުކެރޭނެ. ހައްދު ގާއިމު ކުރާކަށް ނުކެރޭނެއެވެ. މަޖިލިސް ލިބިގެން ނިކަން ރަނގަޅަށް މުއިއްޒު ސަރުކާރުން  އިސްލާމީ ޝަރީއާ ތަންފީޒު ކޮށްލަބަލާށެވެ.

    ]]>
    Mon, 29 Apr 2024 19:57:05 +0500 ނިއުސް ޑެސްކް
    ބޭނުންހާ ކަމެއް މުއިއްޒު ކުރާކަށް ހުރަހެއްނެތް https://heerasnews.com/2435 https://heerasnews.com/2435 ދައުލަތުގެ ހަރަދުކުޑަކޮށް އިސްރާފު ކުރުމެއްނެތް އުފެއްދުންތެރި ދައުލަތަކަށް ބަދަލު ކޮށްލުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ސަރުކާރަށް ހުރަހެއް ނެތެވެ. ނަތީޖާ ނެރެދޭ ވެރިކަމަކަށް ބޭނުންވާ އެންމެހާ ކަންކަން ކޮށްނިންމޭނެއެވެ. މިހާރު މުއިއްޒުއަށް ލިބިފައިވާ ބާރުތަކުން އަންނަނިވި ކަންކަން ނުކުރެވިގެން އުޅޭކަށް ނުޖެހޭނެއެވެ.

    • ސިޔާސީ މަގާމުތައް މަދުކުރެވޭނެއެވެ.
    • ސިވިލްސަރވިސްގެ މުސާރަ ބޮޑުކޮށް ހަމަހަމަ ކުރެވޭނެއެވެ.
    • ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރުވުން ހުއްޓުވޭނެއެވެ.
    • މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވޭނެއެވެ. 
    • ދާއިރާގެ ރައްޔިތުންނަށް މެންބަރު ވަކިކުރޭވެނެ ގޮތް ހެދޭނެއެވެ.
    • މެންބަރުކަން ކުރާ މީހުނަށް އެލައުންސް ދިނުން ހުއްޓުވޭނެއެވެ.
    • ފަޑިޔާރުންގެ މުސާރައާއި އެލަވެންސް ހަމަމަަގަށް އެޅުވޭނެއެވެ. 
    • ސިޔާސީ ނުފޫޒުން ފަނޑިޔާރުގެ ސަލާމަތް ކުރެވޭނެއެވެ.

    ގައުމުގެ އިގުތިސާދި ފުދުން ތެރިކަން އިތުރުވެ ދުނިޔޭގެ ފެންވަރުގެ ބިޔަ އިގްތިސާދަކަށް ރާއްޖެ ހެދެންވާނެއެވެ. އެމަގަށް ކުރުމަށް ވައުދުވެފައިވާ ކަންކަން ނިންމާ އޭގެ ނަފާ ރައްޔިތުންނަށް ހޯދާދެވެން ވާނެއެވެ. 

    • ވައުދުވެފައިވާ އެއަރޕޯޓްތައް އަޅާ ނިންމަންވާނެއެވެ.
    • ވައުދުވެފައިވާ ވަރަށް 20 މިލިޔަން ފަތުރުވެރިން ގެނެވެންވާނެއެވެ.
    • ވައިގެ އުދުހުންތަކުގެ އަގު ހެޔޮ ކުރެވެންވާނެއެވެ.
    • ރައްޔިތުންނަށް ފުދޭ މިންވަރަށް ކާބޯތަކެތި ރާއްޖޭގައި އުފައްދަން ޖެހޭނެއެވެ. 
    • ޓޫރިޒަމް ނޫން އެހެން އިންޑަސްޓްރީތައް ރާއްޖޭގައި ކޮޅަށް ޖެހެންވާނެއެވެ. 
    • އީއީޒެޑްގެ ކަނޑާ ކަނޑު އަޑީގެ ފުރިހަމަ މަންފާ ހޯދެންވާނެއެވެ.
    • ރާއްޖޭގެ އެކި ހިސާބުގައި ބަންކަރިންގ ހިދުމަތް ދެވެންވާނެއެވެ. 
    • ދެކުނު ކަނޑުގެ އިގްތިށަދީ ސަރަހައްދުގެ 200 މޭލު ހަމަޔަށް ހޯދެންވާނެއެވެ.
    • ޓަނަލްއަޅާ ބްރިޖުން ގުޅަންޖެހޭ ހުރިހާ ތަނެއް ގުޅާލެވެންވާނެއެވެ. 

    ގައުމިއްޔަތާއި ސިޔާދަތުގެ ރަތްރޮގު ފަލަކޮށް ދަމާލެވޭ ވަރަށް ބާރު އޮތީ ދީފައެވެ. ލިބިއޮތް ބާރުން ބާރުލިބިގެން އެކަން ކުރާކަށްވެސް ހުރަހެއް ނެތެވެ. 

    • ބޭރު ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެއެވެ.
    • ސަވައިލެންސާއި ކުއްލި ހާލަތުގައި ބޭރުގެ މަދަނީ ބަޔަކު ނުތިބޭނެއެވެ. 
    • ހައިޑްރޮގްރަފީ އެއްވެސްކަމެއް ބޭރު ބަޔަކު ލައްވާ ނުކުރުވާނެއެވެ.
    • ކަނޑާ ވައިގެ މަގުން ސަރަހައްދު ބަލަހައްޓާނީ ދިވެހިންނެވެ. 
    • ދިވެހި ބަހުން ނޫނީ ރަސްމީ އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ.
    • ޅެމުން ނަފްސާނީ ފަރުވާ ދޭން ފެށޭނެއެވެ. 
    • ސްކޫލުތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވާދެވޭނީ ދިވެހި ބަހުންނެވެ. 

    މިހުރިއްޔަކީ ސަމާސާ ކަންކަމެއް ނޫނެވެ. މިހެން އިނދެ ވިސްނާލުމުން ހަނދާނަށް އައި ބައެއް ކަންކަން ހިއްސާކޮށްލީއެވެ. އެހެން ނޫނަސް އެއޮތް ބޮޑު މެނެފެސްޓޯއާއި މެންބަރުން ހޮވުމަށާއި ވެރިކަމަށް ވީހާ ވައުދުތައް ފުއްދާން މަޖިލިސް ނުލިބިގެން އުޅޭކަށް ގައިމު ނުޖެހޭނެއެވެ. ބަލަން ތިބެމާ ހިނގާށެވެ. 

    ]]>
    Mon, 29 Apr 2024 17:31:41 +0500 ނިއުސް ޑެސްކް
    ސްޕަރ މެޖޯރިޓީ އޮތަސް މުއިއްޒަކަށް ނުވާނެ! https://heerasnews.com/2433 https://heerasnews.com/2433 އެމްޑީޕީ ސަަރުކާރަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބި ރައްޔިތުން ބޭނުންވި އެއްވެސް ކަމެއް ކުރެވުނު ކަމަކަށް ނުވިއެވެ. ޕީއެންސީ ވެރިކަމަށް އައިސް އެންމެ ބާރަށް ދެއްކީ އެވާހަކައެވެ. މަޖިލިސް މަޖިލީހުގެ މެޖޯރިޓީ ނުލިބި ކަންކަން ނުކުރެވޭނެ ވާހަކައެވެ. ރައްޔިތުންގެ ހެވާލާބައަށް ހަދަން ޖެހޭ ގާނޫނުތައް މަޖިލިސް ނުލިބި ނުހެދޭނެ ވާހަކައެވެ. އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރު ހިންގަން ދަތިކުރާ ވާހަކައެވެ. އެމްޑީޕީއަށް މެޖޯރިޓީ ދީފިއްޔާ ރައީސް އަޒުލް ކުރާނެ ވާހަކައެވެ.
    ކިތަންމެ ރަނގަޅަކަށްވެސް ރައްޔިތުން ސަރުކާރުގެ އަޑު އަހައިފިއެވެ. ޕީއެންސީ ސަރުކާރަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ދީފިއެވެ. ގާނޫނު އަސާސީ އިސްލާހުކުރަން ވިޔަސް ފަސޭހަކަމާއެކު އެކަން ކުރެވޭވަރުގެ ބިޔަ ސްޕަރ މެޖޯރިޓީއެއް ރައީސް މުއިއްޒަށް އެއޮތީ ދީފައެވެ.  
    މުއިއްޒު ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ނޫނެވެ. ސައްތައިން ސައްތަ މުއިއްޒު ސަރުކާރެކެވެ. މުއިއްޒު ސްޕީޑްގައި ނުކުރެވެނެ އެއްކަމެއްވެސް ނުއޮންނަވަރުގެ ސްޕަރމެޖޯރިޓީއެއް އެއޮތީ ދީފައެވެ. ސަރުކާރުގެ ތެރޭގައިވެސް އެއްވެސް އުނދަގުލެއް ނެތެވެ.

    މިހާރުގެ ސަރުކާރަށް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް ފޯރުންތެރި އަބުރުވެރި ދިރިއުޅުމެއް ހޯދާދެވެން ޖެހޭނެއެވެ. ހާސްކަމެއް ނެތި ދިވެހިން އުޅޭނެ މާހައުލު ކަށަވަރުކޮށް ދޭނެއެވެ. ވަންޏާ ނިކަން މިކަންކަން ކޮށްލަބަލާށެވެ.

    • މުސާރައިގެ ބޭއިންސާފު ނައްތާލުން.
    • ވަޒީފާގެ ހަމަހަމަކަން ޤާއިމު ކުރުން.
    • ބޭސްފަރުވާއަށް ސަލާންޖެހުން އެއްކޮށް ނައްތާލުން.
    • ބޭސްފަރުވާއަށް އެހީހޯދަން، މެމްބަރަށް ގުޅަން ނުޖެހުން.
    • އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން.
    • ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ނުކުރެވިގެން ސޯޝަލް މީޑިއާގެ އޮޅިތަކުގައި ސަލާން ނުޖެހުން. 
    • ބިދޭސީންގެ މައްސަލަ ޙައްލު ކުރުން.
    • މަސްތުވެގެން ހުންނަ މީހަކު މަގުމަތިން ނުފެނުން.
    • ފަޤީރުކަން ނައްތާލުން.
    • ޑޮލަރުގެ ކަޅުބާޒާރު ނައްތާލުން. 
    • ކަރަންޓުގެ އަގު ހެޔޮ ކުރުން.
    • ލަފާފުރުމުގެ ހުރިހާ ދަތިކަމެއް ނައްތާ ލުން.
    • ފެނާ ނަރުދަމާގެހިދުމަތް ނެތް ރަށެއް ނުބޭއްވުން.
    • ކަރަންޓް ހިދުމަތް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭނުންވާ ވަރަކަށް ހޯދާދިނުން.
    ]]>
    Mon, 29 Apr 2024 14:39:49 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ ދީނީ ސަރުކާރަށް އަތްކަނޑާކަށް ނުކެރޭނެ! https://heerasnews.com/2434 https://heerasnews.com/2434
    އެމްޑީޕީ ސަރުކާރު ލާދީނީ ވެގެން ކަންތައް ތަކެއް ނުކުރި ކަމަށް ބުނެ ބޮޑެތި ތުހުމަތުތައް ވެރިކަމަށް އަންނަން ވެގެން މުއިއްޒުމެން ކުރިއެވެ. ވެރިކަން އޮތީ ދީނީ ބައެއް ކަމަށް ދެއްކިގެން އުޅުނު މުއިއްޒުމެން އަތުގައެވެ. 
    20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ސަރުކާރު ބޭނުންނަމަ، މިޤައުމުގައި ނުކުރެވޭނެ އެއްވެސް ކަމެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒު ބޭނުވެގެން ކުރަން އުޅޭކަމެއް ނުކުރެވި އޮތުމަކަށް ބަހަނާއެއް ހުއްޖަތެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒުގެ ދީނީ ސަރުކާރުން ދީނީ ކަމެއް ކުރާކަށް އެއްވެސް ހުރަހެއް މިހާރަކު ނުއޮންނާނެއެވެ. 
    އަންނަނިވި ބައެއް ކަންކަމަކީ ދީނީވެގެން އުޅޭ މީހުން ރާއްޖޭގައި ތަންފީޒުނުވާތީ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ބައެއް ކަންކަމެވެ. ރައީސް މައުމޫނާ ދެކޮޅަށްވެސް އެންމެ ބާރަށް ދެއްކިވާހަކަތަކެވެ. އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ ކިޔާ ތަސްބީހަތަކެވެ. 
    • ބަނގުރަލާ އޫރުމަސް ވިއްކުން ހުއްޓުވުން
    • ރިބާގެ މުޢާމަލާތް ހުއްޓުވުން
    • ރިބާ ނަގާދިނުމަށް ހުކުން ކުރުން ހުއްޓުވުން.
    • މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން.
    • އިސްލާމީ ޝަރީއަތާ އެއްގޮތަށް ޢަދުލަށް ހުކުމް ކުރުން.
    • ޝަރުއީ ހައްދު ގާއިމުކޮށް މަރަށް މަރުހިފުން.
    • ސްޕާތައް ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުން.

    ބުނެވި ދިޔަ ކަންކަމަކީ ދައުލަތުން އަތްގުޅި ނުކާވަރު ހޭދަތަކެއް ނުކޮށްވެސް ކޮށްލެވެން ހުރި ކަންކަމެވެ. ގާނޫނުތަކާއި އުސޫލުތަކަށް ގެނެވޭ ބަދަލު ތަކަކުން ތަރުތީބުވެ ތަންފީޒު ކުރެވޭނެ ކަންކަމެވެ. ބޭނުންވާނީ ކެރުމެވެ. ހިތްވަރެވެ. 

    ދީނަށް ލޯބިކުރާ މާއްދިއްޔަތަށް އަޅުވެތިނުވާ ލާދީނީ ކަމެއް ނެތް ސަރުކާރަކުން ކޮށްލާކަށް އެއިއްޔަކީ ބޮޑެތިކަންކަމެއް ނޫނެވެ. މުއިއްޒުމެން ބުނާ ލާދީނީ ސަރުކާރު ތަކަށް ކުރަން ނުކެރުނަސް މުއިއްޒުގެ ދީނީ ސަރުކާރަށް ވެސް އަތްކަނޑާކަށް ނުކެރޭނެއެވެ. ގިސާސް ހިފާކަށް ނުކެރޭނެ. ހައްދު ގާއިމު ކުރާކަށް ނުކެރޭނެއެވެ. މަޖިލިސް ލިބިގެން ނިކަން ރަނގަޅަށް މުއިއްޒު ސަރުކާރުން  އިސްލާމީ ޝަރީއާ ތަންފީޒު ކޮށްލަބަލާށެވެ.  

    ]]>
    Mon, 29 Apr 2024 04:04:48 +0500 ނިއުސް ޑެސްކް
    މުއްސަނދި ޔޫރަޕްގައި ފަގީރުންގެ ޖިފުޓިތައް https://heerasnews.com/2432 https://heerasnews.com/2432 ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި އިންތިހާ ދަރަޖައަށް ފަގީރު އަވަށްގަނޑު ހުންނަކަން ފަހަރުގައި ގަބޫލު ނުކޮށްފާނެއެވެ. އިންތިހާ ދަރަޖައަށް ފަގީރުވުމުގެ ސަބަބުން މުޑުދާރު އެހާމެ ބައިބޯ އަވަށްގަނޑުތަކަށް އާއްމުކޮށް ކިޔާއުޅެނީ "ސްލަމް"އެވެ. 

    ޔޫރަޕްގައި އެންމެ ގިނައިން ސްލަމް އާބާދީ އޮންނަ 12 ގައުމެއް އޮވެއެވެ. ޔޫރަޕިއަން ޔުނިއަން އާއި އދ ގެ ތަފްސީލީ ދިރާސަތަކުން އެންމެ ބޮޑަށް ފާހަގަވާ ސްލަމް އާބާދީ އޮތް ޔޫރަޕްގެ ފަސް ގައުމަކީ ރޫމޭނިއާ އާއި ސްޕޭނާއި އިޓަލީ އާއި ބެލަރޫސް އާއި ޔުކްރެއިނެވެ.    

    1. ރޫމިނިއާ

    • ޖުމްލަ އާބާދީ (2018): 10،515،554
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 1،523،000
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %14.4

    ރޫމިނިއާގެ ސްލަމްގައި ދިރިއުޅޭ ގިނަ މީހުންނަކީ ރޯމާ އާބާދީއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ކުނި އަންދާ މީހުންނެވެ. ގައުމުގެ މުޅި އާބާދީގެ %14.4 މީހުން ދިރިއުޅެނީ ސްލަމްތަކުގައި ކަމުން މިއީ ދުނިޔޭގައި ސްލަމް އާބާދީ އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ބެލެވެއެވެ.

    2. ސްޕެއިން

    • ޖުމްލަ އާބާދީ (2018): 37،588،424
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 2،907،000
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %7.8

    ސްޕެއިން އަކީ ޔޫރަޕްގެ އެންމެ ބޮޑު އެއް ސްލަމްގެ ގޮތުގައި ސިފަކުރެވެއެވެ. އާބަން ސްލަމްތަކުގައި 2.9 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ސްޕެއިން އަކީ ޔޫރަޕްގައި އެންމެ ގިނައިން ސްލަމް އާބާދީތައް ދިރިއުޅޭ އެއް ގައުމެވެ.

    3. އިޓަލީ

    • ޖުމްލަ އާބާދީ (2018): 42،559،879
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 3،007،000
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %7.2

    ކޮވިޑް-19 އާއި ގުޅިގެން ސްލަމްގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ގެތަކެއް ބިނާ ކޮށްދީ އިސްލާހު ކުރުމަށް އިޓަލީ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

    4. ބެލަރޫސް

    • ޖުމްލަ އާބާދީ (2018): 7،418،413
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 3،358،000
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %45.2

    ބެލަރޫސްގައި އާބާދީގެ %45.2 މީހުން ދިރިއުޅެނީ ސްލަމްތަކުގައި ކަމުން މިއީ މުޅި ޔޫރަޕްގައި އެންމެ ބޮޑު ސްލަމް އާބާދީ އޮންނަ އެއް ގައުމަށް ވަނީވެފައެވެ. 

    5. ޔޫކްރޭން

    • ޖުމްލަ އާބާދީ (2018): 30،946،609
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 5،497،000
    • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %18

    ޔޫކްރޭނަކީ ރަޝިޔާއިން އެގައުމަށް އަރައިގަތުމުގެ ކުރިން ވެސް ޔޫރަޕްގައި އެންމެ ބޮޑު ސްލަމް އާބާދީއެއް އޮންނަ އެއް ގައުމެވެ. ޔުކްރޭންގެ އާބާދީގެ %18 މީހުން 2018 ވެސް ދިރިއުޅެނީ ސްލަމްތަކުގައެވެ. އޭގެ ފަހުން އެގައުމުގެ ބޯހިޔާވަހިކަމުގެ ހާލަތު އިތުރަށް ވަނީ ވަރަށް ބޮދަށް ގޯސްވެފައެވެ. 

    ]]>
    Sun, 28 Apr 2024 17:10:45 +0500 ނިއުސް ޑެސްކް
    މެންބަރުކަން ކުރުމުން ދައުލަތަށް ބަލަދުއަރަނީ! https://heerasnews.com/2431 https://heerasnews.com/2431 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތުގެ ވާހަކައިގެ އަޑު އަނެއްކާވެސް މިވަނީ ގަދަވެފައެވެ. ގިނަ ބަޔަކު ދައްކަނީ މެންބަރުންގެ މުސާރައާއި އިނާޔަތުގެ ބޮޑު ވާހަކައެވެ. ބޮޑު ތަނުން މުސާރައާއި އިނާޔަތް ކުޑަކުރަން ޖެހޭ ވާހަކައެވެ. 

    މެންބަރުކަން ކޮށްފައިވާ މީހުނަށް ދެވޭ އިނާޔަތުގެ ވާހަކަ ދެއްކުން ވަކިން ކުޑައެއް ނޫނެވެ. މި މައުޟޫއުގައި އެކި މީހުން ކިޔާނީ އެކި ގޮތެވެ. އެއްވެސް ބަޔަކު އެއީ ކުރަން ނުޖެހޭ ކަމަކަށް ނުބުނެއެވެ. 

    އެއް ދާރާއެއްގައި ދެ ދައުރު މެންބަރުކަންކޮށް ތިންވަނަ ދައުރަކަށް ކުރިމަތިނުލާ ރީތިކޮށް ދެވަނަ ދައުރު ނިންމާލާ މެންބަރުންނަށް އިނާޔަތުގެ ގޮތުގައި ދައުލަތުން ފައިސާއެއް ދިނުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ދެކޭ މީހުން އުޅެއެވެ. މެންބަރުކަންކޮށް ދެވަނަ ދައުރަކަށް ނުވަތަ 3 ވަނަ ދައުރަކަށް ކުރިމަތިލާ ފޭލިވާ އެއްވެސް މީހަކަށް ދައުލަތުން ފައިސާގެ އިނާޔަތެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

    ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހަކަށް އިހުތިރާމް ކުރުމުގެ ގޮތުން ދައުލަތުން ބާއްވާ ގައުމީ މުނާސަބަތު ތަކަށް ދައުވަތު ދިނުމާއި ކުރީސަފުން ޖާގަ ދިނުން ފަދަ ކަންކަމަކީ ކުރުން އެންމެ ރަނގަޅު ކަންކަމެވެ. ފުރުސަތު ދެވެން އޮތް ވަރަކުން އެއަރޕޯޓްތަކުގެ ވީއައިޕީ ލޯންޖުތަކުން ޖާގަ ދިނުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ދައުލަތުންދޭ އާއްމު ހިދުމަތްތައް ދިނުމުގައި ހާއްސަ އިސްކަމެއް ދިނުމާއި ޑިސްކައުންޓެއް ސްޓޭޓްމަނެއްގެ ގޮތުގައި ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ.

    ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ހުރިހާ އިމްތިޔާޒެއް މެންބަރުކަން ކޮށްފައިވާހާ މީހަކަށް ދޭން ނުޖެހޭކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. މެންބަރުންގެ މުސާރައާއި އިނާޔަތާމެދު ބަހުސްކުރާ މީހުންގެ މައިގަނޑު ވިސްނުމަކީ ދައުލަތުގެ ހޭދަ ކުޑަކުރުމެވެ. ތަފާތު ކުރުން ނައްތާލުމެވެ. 

    ތެދެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އޮތް މިންވަރަށް ބެލުމެއްނެތި ހިފެހެއްޓުމެއްނެތި އިނާޔަތް ދިނުމަކީ އެެއް ގޮތަކަށްވެސް ކުރުން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ހަމަ މަގަށް އެޅުވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

    އާއްމު ރައްޔިތަކަށް ނެތް ހެލްތު އިންސުއަރެންސެއް އިރެއްގައި މެންބަރަކަށް ވިޔަތީ ދައުލަތުން ލިބިދޭކަށް ނުޖެހެއެވެ. ދައުލަތުގެ ސޯސަލް ސެކިއުރިޓީ ނިޒާމްގެތެރެއިން ހެލްތު އިންސުއަރެންންސް ގޮތުގައި ރައްޔިތަކަށް ލިބިދޭ މިންވަރަށްވުރެ މަތީ ފެންވަރެއްގެ އިންސުއަރެންސް ޕެކޭޖެއް ވަކިމީހަކަށް ވެގެން ދައުލަތުން ދިނުމަކީ އިންސާފެއް ނޫނެވެ. މަތީ ފެންވަރެއްގެ އިންސުއަރެންސް ޕެކޭޖެއް ނެގުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. ދައުލަތުން ދޭންޖެހޭނީ އަސާސީ މިންވަރެވެ. 

    ދައުލަތުގެ ޒިންމާދާރު މަގާމެއް އަބުރުވެރިކަމާއެކު އަދާކޮށް ނިންމާ އަބުރުވެރި އުޅުމެއްގައި އުޅޭ ސްޓޭޓްސްމަނުންނަށް ހައްގު މަގާމު މުޖުތަމައުން ލިބިދޭން ޖެހޭނެއެވެ. އެހެނަސް އެމީހުނަށް އަދާކުރަންޖެހޭ އިހުތިރާމާއި ލިބިދޭ ލުއިފަސޭހަ ތަކަކީ ދައުލަތުން އުފުލަންޖެހޭ ބުރައަކަށް ވާހެން ކަންކަން ތަރުތީބު ކުރެވިގެން ނުވާނެއެވެ. މެންބަރުކަން ކުރުމަކީ ދައުލަތަށް ބަލަދު އަރާ ކަމަކަށް ވެގެންނުވާނެއެވެ.  

    ]]>
    Sat, 27 Apr 2024 22:09:24 +0500 ނިއުސް ޑެސްކް
    ޑިމޮކްރަސީ ދުލިލީ ޑިކްޓޭޓަރ އަތަށް އެމްޑީޕީ ދަނީތަ! https://heerasnews.com/2430 https://heerasnews.com/2430 ފައިސާއާއި ވަޒީފާގެ ނުފޫޒުގައި ނުޖެހި ރައީސް މުއިއްޒާ ދެކޮޅަށް އެމްޑީޕީއަށް 59 ހާހަށް ވުރެ ގިނަ މީހުން ވޯޓު ދިނުމަކީ އެމްޑީޕީ މަރާނުލެވޭކަން ރަމްޒުކޮށްދޭ ކަމެކެވެ. އެކަމަކު ޖެހިޖެހިގެން ބޮޑު ދެ އިންތިހާބު އެމްޑީޕީއަށް ގެއްލުނު ދަނޑިވަޅުގެ ނަޖާއިޒު ފައިދާ ނަގަން ބަޔަކު އެތިބީ އެއްރޮއްޖަށް ފޫގަޅައިގެންނެވެ. ޖަޒުބާތުގައި ޖެހިފައި ތިބި އެމްޑީޕީ އެކްޓިވިސްޓުންނާއި ސަޕޯޓަރުންގެ ހިތްމަރާލަން ލީޑަރޝިޕާ މެދު ނަފްރަތު އުފެއްދުން އެވަނީ މެކުހުގައެވެ.

    ތިމާއަށް ނެތް ވެރިކަމަކާ ބާރެއް އެމްޑީޕީއަށް އޮތުމަށް ނޭދޭ މީހަކު އިސްނަގައިގެން އެމްޑީޕީ ރޫޅާލަން ޖަހާ ކެހިވެރި މަޅީގައި އެމްޑީޕީ ނުޖެއްސޭނެކަން ސާބިތު ކޮށްދިނުމުގެ ވަގުތަކީމިއެވެ. ކޮންމެ ނާކާމިޔާބަކީ ޕާޓީ ރޫޅުން ނޫންކަމާއި ލިބުނު ފިލާވަޅެއްކަން އެމްޑީޕީ މެންބަރުން ގަބޫލުކޮށް ލީޑަރޝިޕަށް އެއްބާރުލުން ދޭންވީ ވަގުތަކީވެސް މިއެވެ.    

    އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕާ ދެކޮޅަށް ތެދުވެ އަޑު އުފުލަނީ އެމްޑީޕީ އާރާ ބާރުގައި އޮތް އިރު ފުނޑުފުނޑު ކޮށްލަން އެމްޑީޕީތެރެއިން ނިކުތް ހާއިނުން ކަމެވެ. ވަކި މީހަކަށް ވެރިކަމާއި ބާރާއި އާރު ނެތިއްޔާ އެމްޑީޕީގައި ވެރިކަން އޮތުމަށް ނޭދުނު ގައްދާރުން ކަމެވެ. މާ އޯގާތެރި މާތް ބަޔަކަށް ހެދިގެން އެތެރޭގައި ތިބެގެން އެމްޑީޕީގެ ވެރިކަން ހަރާބުކުރީ ވެރިކަމަށް ބޫތުކައިފައި ތިބި ހަރާން ކޯރުން ކަމެވެ. 

    ރައްޔިތުންގެ ލާބައާއި މަންފާއަށް ރާއްޖޭގެ ކަންކޮޅު ތަކުގައި ރައީސް ސޯލިހު ހިންގެވިހާ ކަންކަމަކީ ބޭކާރު އިސްރާފް ކަމަށް ސިފަކޮށް ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދީ އެ ބައިގަނޑެވެ. ސަރުކާރުން ބޮޑު މުސާރަ ނަގައިގެން ތިބެ ހަރާން ކޯރުވީ އެ ބައިގަނޑެވެ. އެމްޑީޕީގެ އިހުލާސްތެރި މެންބަރުން އެކަހެރި ކުރުވީ އެ ބައިގަނޑެވެ. ވަކިވަކިން ނަން ނުކިޔަސް އިބޫ ސަރުކާރުގައި ކާކުހުރީ ކޮންތާކުކަމާއި މިހާރު އެ މީހުން ތިބި ގޮތާ ތަންތަން އެހެރީ ދިމާއަށް ފެންނާށެވެ.  

    2019 ގައި އެމްޑީޕީގެ ވެރިކަން ފެށުނީއްސުރެ ކާކުކުރީ ކީއްކަން ވަރަށް ސާފެވެ. ހަނދާން ހުންނާނެއެވެ. ދަނޑިވަޅުބަލާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ދެމީހަކު ނެރުވާ ރަނގަޅަށް ތަޅުވާ ނުތަނަވަސްކަން އުފައްދުވާ ދެ ބުޅަލުގެ އަރާރުމުގެ ތެރެއިން ބޯކިބާ ކާލީ ރާމާ މަކުނެވެ. ރައްޔިތުން ދިން މަޖިލީހުގެ ސްޕަރމެޖޯރިޓީގެ ރިޔާސަތު ފޭރިގަނެގެން މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ކުރާނެ އެއްވެސް ކަމެއް ވިޔަނުދީ ރިޔާސަތުން މަޖިލިސް ހިސޯރު ކުރީއެވެ. ރިޔާސަތުން މަޖިލިސް ބޭނުންކުރީ ފަސާދައާއި ފިތުނަ އުފައްދާ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފުރަތު އުފައްދާ މެޝިނަކަށެވެ.

    ޕާޓީއާއި ގައުމުގެ މަސްލަހަތުގައި ރައީސް އިބޫ ދެއްވި ދޫދެއްވުމުގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑެތި ގޯސްތައް ހައްދަމުން ދިޔައީ އެންމެ މީހެއްގެ އާރާ ބާރަށް ޓަކައެވެ. ތިމާއަށް ނެތް ވެރިކަމެއް އެހެން މީހަކު ކުރާތަން ދެކެން ނޭދޭ ހީލަތްތެރި އެއްގެ ކެހިވެރި މަޅީގައި ބަޔަކު ބަނދެވިގެންނެވެ. ޑިމޮކްރަސީގެ ފޭރާން ލައިގެން ހުރި ޑިކްޓޭޓަރ އެމްޑީޕީ ނޫން ގޮތެއް ހޯދަން ނިކުމެ އެމްޑީޕީ ރޫޅާލަން ކުރި މަސައްކަތުގެ ސިއްރު މިހާރު މިދަނީ ހާމަވަމުންނެވެ. 

    ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެމްޑީޕީއަށް ގެއްލުމުން ތިމާއާ ނުލާ އެމްޑީޕީއަކީ ނެތް އެއްޗެއް ކަމަށް ދައްކަން ފެށީއެވެ. އެމްޑީޕީގެ ބާރުތައް ކަނޑުވާލާ އެމްޑީޕީގެ ކުރިބޯއްޓަށް އަނބުރާ ސަވާރުވާން ކުރާ މަސައްކަތް ފާޅުގައި ގަދަޔަށް ފެށީއެވެ. 

    ރައީސް އިބޫގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެ ހަރާން ކޯރުވި މީހުން މުއިއްޒު ސަރުކާރު ތެރޭގައި އެތިބަ ރުކުރުވާލަނީއެވެ. އެއްބަޔަކު މުއިއްޒު ސަރުކާރު ތެރެއަށް ވައްދާ މުއިއްޒު ވަރު ވެރިއަކު ނެތްކަމަށް ދައްކައިގެން މުއިއްޒު ސަރުކާރުގައި ކަތުރުފަނި އަޅުވަނީއެވެ. އަނެއްކޮޅުން އަނެއްބަޔަކު އެމްޑީޕީގެ މެންބަރުން މާޔޫސްވީ ދަނޑިވަޅުގެ ފައިދާ ނަގައިގެން އެމްޑީޕީގެ ލީޑަރޝިޕާ ދެކޮޅަށް ކެންޕޭނުކޮށް އެމްޑީޕީ މުށުތެރެއަށް ލުމުގެ މަސައްކަތް ކުރަނީއެވެ. 

    އެމްޑީޕީގެ މެންބަރުންނާއި ލީޑަރޝީޕް އެކަމަށް ހޭނާރާ ތިބެއްޖެނަމަ ހަތަރެސްކަން ހަމަކޮށްލާނެއެވެ. އެމްޑީޕީއަކީ ވަކި މީހެއްގެ ގޮނޑިކޮއްކޮއަކަށް ބަދަލުވެ ޑިމޮކްރަސީގެ ދުލިލައިގެން ހުރި ޑިކްޓޭޓަރގެ އަތަށް އެމްޑީޕީ ނުގޮހެއް ނުއޮންނާނެއެވެ.        

    ]]>
    Sat, 27 Apr 2024 18:10:43 +0500 ނިއުސް ޑެސްކް
    ޕްރިޔަންކާގެ ފިރިމީހާވެސް އެކްޓިންގެ ތެރެއަށް https://heerasnews.com/2429 https://heerasnews.com/2429 މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސްގެ އާ ފިލްމު ނެރުމަށް ތައްޔާރުވެއްޖެ އެވެ.

    ޖުލައި 23 ގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ކޮމެޑީ-ޑްރާމާ "ދަ ގުޑް ހާފް" ގައި ނިކް ފެނިގެންދަނީ އެ ފިލްމުގެ ލީޑް ރޯލް ރެން ވީލަންޑްގެ ކެރެކްޓާއިންނެވެ.

    މިއީ ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް"، "މިޑްވޭ"، "ކެއޯސް ވޯކިން" އަދި “ލަވް އެގެއިން" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ނިކް ޖޯނަސް ލީޑް ރޯލަކުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

    “ދަ ގުޑް ހާފް” ގެ ކާސްޓުންގެ ތެރޭގައި ބްރިޓަނީ ސްނޯ، ޑޭވިޑް އާކްއެޓް، އެލެގްޒެންޑްރާ ޝިޕް އަދި އެލިޒަބަތު ޝޫ ހިމެނެ އެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރ ރޮބަޓް ޝްވަޒްމަންއެވެ. 

    ލަވަކިޔުމުގެ ދާއިރާގައި މަޝްހޫރު ބްރޭންޑް “ޖޯނަސް ބްރަދާސް” ވެސް ހިންގަމުން އަންނަ ނިކް، ޕްރިޔަންކާ އާއި ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

    ]]>
    Fri, 26 Apr 2024 17:15:11 +0500 ނިއުސް ޑެސްކް
    ކޮންޓްރެކްޓްގައި ބާކީ 5 އަހަރު: 200 ދަރިވަރުން ކޮށްލީ މަގުމަތި! https://heerasnews.com/2428 https://heerasnews.com/2428 ސްކޫލް އޮފް މެޑިސިންގެ 200 ދަރިވަރުން ކުއްލިގޮތަކަށް އައިޖީއެމްއެޗްގެ ދަރުމަވަންތަ ހޮސްޕިޓަލުން ނުކުތުމަށް އެންގުމާއެކު މީސްމީޑިއާގައި ހުޅުރޯވަމުން ދިޔުމާއެކު ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ނެރުނީ ބަޔާނެކެވެ. ބުނެފައިވަނީ މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީ ގޮތުން ކަމަށެވެ.

    ހަމައެއާއެކު،  މި ގެނެެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނޭގޮތަށް އެ އިންތިޒާމް ޔުނިވަރސިޓީގައި ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މި ނޫސްބަޔާނުގައިވާއިރު، ސުވާލަކީ ޖާގައިގެ ދަތިކަމާއި މިހާރުވެސް ކުރިމަތިލާން ޖެހިފައިވާ އެމްއެންޔޫގައި މި ކުދިންގެ ކިޔެވުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވިދާނެތޯއެވެ. 

    ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ކިޔެވުން އެމްއެންޔޫ އަށް ބަދަލު ކުރުމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނުަގައި މި ބަދަލުގެ ސީދާ އަދި ނުސީދާ އަސަރު 1000 ދަރިވަރުންގެ ކިޔެވުމަށް ކުރާނެ ކަމަށް ބުނެފައިވެއެވެ. 

    މި ސަރުކާރު އައީ ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް ގެނެސް ތައުލީމީ ނިޒާމް ހަރުދަނާ ކުރާނެ ކަމުގެ ވައުދުތަކާއި ހުވަފެންތައް ދައްކައިގެންނެވެ. އެހެންވީއިރު، ސަރުކާރުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެ ގެންނާނެ ކަމަށް ބުނި ހެޔޮ ބަދަލުތަކަކީ މިއީތޯ؟  ގެންނަން ވައުދުވި ހެޔޮ ބަދަލަކީ 7 ބެޗުގައި ޖުމްލަ 200 ދަރިވަރުން ކިޔަވަމުންދާ ސްކޫލް އޮފް މެޑިސިންގެ ކިޔެވުން ކުއްލި ގޮތަކަށް މަޑުޖައްސާލުމަކީ އެތައް ދަރިވަރުންނެއްގެ މުސްތަގްބަލާއި ކުޅެލުންތޯ މިއަދު އަހާލުން މަޖުބޫރެވެ. 

    ރާއްޖޭގައި ތިބެގެން ޑޮކްޓަރީކަން ކިޔެވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް  2018 ވަނަ އަހަރު ސްކޫލް އޮފް މެޑިސިން ގާއިމް ކުރެވިގެން ދިޔައިރު، ސްކޫލް އޮފް މެޑިސިން ހިންގަން ޓީޗިން ހޮސްޕިޓަލެއް އެޅެންދެން އައިޖީއެމްއެޗާއި ގައުމީ ޔުނިވާސިޓީއާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓްގައި ބާކީ 5 އަހަރު އޮއްވައި ދަރިވަރުންގެ ނެރެ އެއްލާލީ މިހާރުވެސް އެއް ކްލާސް އެތެރޭގައި ނަގާނަމަ އަނެއް ކްލާސް ލޮބީގައި ނަގަންޖެހޭ ތަނަކަށެވެ. 

    ފަސް މަންޒަރު ބަލާލާއިރު ފެނިގެންދަނީ ސިޔާސީ ކުޅިވަރުގައި ޖެހިގެން ދަރިވަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ވެސް ސަރުކާރުން ޖަހާ ކޮންމެ ބެރަކަށް ނަށާތަނެވެ.

    ]]>
    Fri, 26 Apr 2024 17:01:19 +0500 ނިއުސް ޑެސްކް
    މޫނަކަށް ކަނދުރާއަކަށް މުއިއްޒު މިހާރަކު ބަލާނެ ކަމެއްނެތް https://heerasnews.com/2427 https://heerasnews.com/2427 ރައީސް މުއިއްޒަށް ތިޔަ އޮތީ ސަރުކާރާ މަޖިލިސް ލިބިފައެވެ. މޫނަކަށް ކަނދުރާއަކަށް ބަލާނެ ކަމެއް ނެތެވެ. ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކޮށްލާށެވެ. ހުއްޓުވާނެ މީހެއް ހުއްޓުވާނެ ތަނެއް ނުހުންނާނެއެވެ. މީހަކު ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތެވެ. ފޮޓޮއެކޭ ހުސްގޮނޑިއޭ އަދުރޭއޭ ކިޔާ ބަޔަކު ކިޔަކިޔާ ތިބެދާނެއެވެ.

    ދޭނެ ބަޔަކަށް ދޭނެ އެއްޗެއް ދީގެން ރަސްމާލެ ހިއްކާނެ ވަރަކަށް ހިއްކަންވީއެވެ. ރާޖޫއަށް ދޭނެވަރަކަށް ބިން ދީގެން ހިއްކާނެ ވަރަކަށް ހިއްކާށެވެ. ކުރިން ދީގެން އުޅޭ ގޯތިތައް ބޭނުން ތާކަށް ބަދަލުކޮށް އަތުލާނެ ބަޔަކު އަތުން އަތުލާ، ދޭނެ ބަޔަކަށް ދޭށެވެ. މުއިއްޒު ބޭނުން މީހަކަށް ބޭނުން ވަރަކަށް ގޯއްޗާއި ފްލެޓް ދޫކުރަންވީއެވެ. ގޯއްޗާއި ފްލެޓް ބޭނުމިއްޔާ ޖެހޭނީ ބުނިއެއްޗެއް ހަދައިގެން ތިބޭށެވެ.

    އަޅާނެ ދިގުމިނެއްގާ އަޅާނެ ވަރަކަށް ބިއްލޫރި ޓަނަލް އަޅަންވީއެވެ. ނާޅާ މަޑެއް ކުރާނެ ކަމެއް ނެތެވެ. ދުނިޔޭގައި ޓެކްނޮލޮޖީއާއި ވަސީލަތާ ފައިސާ އެބަހުއްޓެވެ. ވަންހަ ދިލަކޮޅަށް މުޅިގައުމު ދެރިޔަސް ވަރިހަމަތާއެވެ. ދައްކަން އުޅެން ޖެހޭނީ ފަހުން އަންނަ ބަޔަކަށްތާއެވެ. ކަން އޮންނާނީ ނިމިފައެވެ.

    ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއްވެސް އަޅަންވީއެވެ. އެއަރޕޯޓެއް ނާޅާ އެއްތަނެއްވެސް ބާއްވާނެ ކަމެއް ނެތެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ހަދަންފަށާފައިވާ ބަދަރުތަކާއި އަޅަން ފަށާފައިވާ ފެނާ ނަރުދަމާގެ މަސައްކަތް ކުރާނެ ކަމެއް ނެތެވެ. ކޮއްޅިކޮއްޅިއަށް ރަށްރަށުގައި ތިބީހާ މީހުން އުފުރާލައިގެން ގެންގޮސް ސިޓީތަކަށް އަޅާލާށެވެ. އައްޑޫގައި ނޫނަސް ހުރިހާ ސިޓީތައް ވަރުވަރުގެ ބްރިޖުން ގުޅާލާށެވެ. އެޔެއް މިޔެއް ބަލާނެކަމެއް ނެތެވެ.

    ފަޅުކުރަން ބޭނުން ރަށެއް ފަޅުކޮށް ވިއްކަންވީ ތަނެއް ވިއްކާ ބޭނުންހާ ބަޔަކަށް ދީގެން ހިންގާނެ މަޝްރޫއެއް ހިންގަންވީއެވެ. ބަންކަރިންނެއް ޕޯރޓެއް ޑައިރީ ފާރމެއް ފޫޑް ސެކިއުރިޓީ ފާމެއް ބަލާނެ ކަމެއް ނެތެވެ. އެވަރަށް ރައްޔިތުން ތިޔަ އޮތީ ބާރުދީފައެވެ. ރަށްރަށް ހުސްކޮށް ކުރާނެކަމެއް ކުރާށެވެ. 

    މާ އަނގަ ގަދަކުރާ ބަޔަކުނަމަ ވަޒީފާތަކާއި ފައިސާ ބޮޑިތަކުން އަނގައިގާ މަލަން އަޅާށެވެ. އެވަރުން ނުވަންޏާ ޖަލުގެ ތޭރިތަކުގެ ފަހަތައް ފޮނުވާލާށެވެ. އިދިކޮޅު ސިޔާސީ ހަރަކާތް ނުހިންގޭ ވަރަށް އިދިކޮޅު ވާގި ނައްތާލާށެވެ. ތަފާތު ފިކުރު ފުހެލާށެވެ. ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން ތައްމިނަށް އޮތް އޮަތުން ހަނިކޮށް އެއްވެ އުޅުން ހުއްޓުވާށެވެ. މަގުތައް އަމާން އޮމާން ކުރުމުގެ ނަމުގައި ކޮންމެ އެއްވުމަކަށް އަސޭމިރުސް ދުން ޖަހާ ތަޅާ ރޯނާ ގަންނަވާލާށެވެ. އެވަރުން ނުވަންޏާ ޖަލުން ހޮސްޕިޓަލުން ފައިތަޅާއަށް ޓިކެޓް ދޭށެވެ.

    ކުރީ ސަރުކާރު ތަކުން ގެއްލުވާލާފައިވާ ކަމަށް ބުނާ ހުރިހާ ފައިސާތަކާ މުދާތައް ނުހޯދައެއްވެސް ނުވާނެއެވެ. ބަލަން އޮތީ އެފްޕީއައިޑީއާއި އެއަރމޯލްޑިވްސް އާއި އެމްއެމްޕީއާރުސީ މައްސަލަތައް އެކަންޏެއް ނޫނެވެ. ނޫމަޑިއެއް ބިގެއް ވިލާއެއް ދީބާޖާއެކޭ އެކަނި ކިޔާނެ ކަމެއް ނެތެވެ. ސިނަމާލެ ބްރިޖެއް ދަރުމަވަންތައެއް ރިންގް ރޯޑެއް ފޭސް ދޭކެއް ހިޔާޓަވަރެއް ވެންޓިލޭޓަރެއް ކަދުރުރުކެއް އާސަހަރާއެއް ދޫކުރާނެ ކަމެއްނެތެވެ.

    ވެދިޔަހާ ތާނގައި ގެއްލިފައި ހުރިއްޔާ ހުރި މުދަލަކާ ފައިސާއެއް އަނބުރާ ހޯދާށެވެ. މައުމޫނެއް އިލްޔާސެއް ސަޓޯއެއް އަންބަރީއެއް ނަޝީދެއް ވަހީދެއް ޔާމީނެއް އަދީބެއް މުއިއްޒެއް ސޯލިހެއް ޝާހިދެއް ފައްޔާޒެއް ނުބަލާ ދައުލަތަށް މިހާރު އިންސާފު ހޯދާ ދެވޭނެއެވެ. ހިފާހައްޔަރު ކުރަންޖެހޭ ބަޔަކު ހައްޔަރުކޮށް ފޮޅާސާފު ކޮށްލައިގެން ވިޔަސް ވަރިހަމައެވެ. 

    ]]>
    Thu, 25 Apr 2024 18:46:22 +0500 ނިއުސް ޑެސްކް
    އަދުރޭ ސައިޒްކޮށްލާ ދުވަސް ކައިރިވެއްޖެ! https://heerasnews.com/2426 https://heerasnews.com/2426 ޑރ. މުއިއްޒަކީ ދަނޑިވަޅުބަލާ އެނގަކުރި ހިފަން މޮޅު މީހެކެވެ. ކަމެއް ހާސިލު ކުރަން އެހިނދަކަށް ކުރަންޖެހޭ ކަމެއް ކުރެވުނީމާ އެނިމުނީއެވެ. ކަޅުއޮށު ބަނޑުދަށުގައި ބޮޑުވާ ކޮރަކައްޔެކޭ މުއިއްޒެކޭ ތަފާތެއް ނުހުރޭ ނޫން ހެއްޔެވެ. އަދާލަތުން އެމްޑީއޭއިން ޕީޕީއެމުން ޕީއެންސިއަށް އައިސް ވެރިކަން ހޯދީ ވެރިކަމާ މުއިއްޒާ ދެމެދަށް އެރީ ދޮންއަމާވެސް ގުރުބާން ކޮށްފައެވެ. އިމްރާނާއި ސިޔާމާއި ޔާމީނު ގިއްގަޅުވާލަން ކެރުނު މީހަކަށް އޮންނާނީ ކޮން އަދުރޭއެއް ހެއްޔެވެ. އަދުރޭވެސް ދެން ޖެހޭނީ ސައިޒްވާށެވެ.

    މުއިއްުޒަށް ވެރިކަން ހޯދާ މަޖިލިސް ހޯދުމަށް އަދުރޭ މުހިންމު ވިޔަސް އެކަން އެނިމުނީއެވެ. ރައީސް ވިދާޅުބަސް މަޖިލިސް މެންބަރުންނަށް އިއްވާނެ މެދުވެރިއެއް ނުހުންނާނެ ކަމަށް މެންބަރުން ގާތު މުއިއްޒު ބުނި ބުނުމުން އަދުރޭގެ ސައިޒު އެނގިގެން ދެއެވެ. އަދުރޭ މެންބަރެއްގެ ގާތުގައި ކަމެއް ވަކި ގޮތަކަށް އޮތް ވާހަކަ ބުންޏަސް އެވާހަކަ ގަބޫލު ނުކުރުމަށް ކުރިޔާލާ މުއިއްޒު އެއޮތީ އިރުޝާދު ދީފައެވެ. އެއިން ބުނެ އެދިނީ މުއިއްޒަށް އެހެން މެންބަރަކާ އަދުރޭގެ ތަފާތެއް ނެތްކަމެވެ. 

    އަލަށް އިންތިހާބުވި މަޖިލިސް ހުވާކުރުމާއެކު މުއިއްޒުގެ އިސްވަޒީރުކަން އަދުރޭއަށް ގެއްލޭނެއެވެ. އެހިސާބުން ސަރުކާރުގެ އެތެރޭއާއި އަދުރޭއާ އޮތް ސީދާ ގުޅުން ކެނޑިގެން ދާނެއެވެ. ރައީސް އޮފީހުގައި އަދުރޭގެ އެއްވެސް ހައިސިއްޔަތެއް ބާރެއް ނުއޮންނާނެއެވެ. 

    މަޖިލިސް ހުވާކުރުމާއެކު މަޖިލީހުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބުކުރުން އޮންނާނެއެވެ. މަޖިލީހުގެ ރައީސް ކަމުގެ ހުވަފެނަކީ ވަރަށް ކުރިއްސުރެ އަދުރޭ ދެކެމުން އަންނަ ހުވަފެނެކެވެ. އަދުރޭގެ ހުވަފެން ހަގީގަތަކަށް ވުމަކީ ބުޅާ ހައްޖުވުން ކަހަލަ ކަމެކެވެ. މަޖިލީހުގެ ރައީސް ކަމަކީ އަދުރޭއާ އަރާއަރަފޯދިގެންވާ ކަމެއް ނޫންކަން އެންމެ ބޮޑަށް އެނގޭނީ ވެސް މުއިއްޒަށެވެ. 

    މަޖިލީހުގެ ރައީސް ކަމަށް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ އަހުމަދު ނާޒިމް އިސްކޮށް އަދުރޭގެ ވަކިތަކުން ސަރުކާރު މިންޖު ނުކުރިއްޔާ ރައީސް މުއިއްޒަކީ މުއިއްޒެއް ނޫނެވެ. ޓޫރިޒަމް ވަޒީރުކަމުގައި އަދުރޭގެ ދަރި ބަހައްޓައިގެން ސަރުކާރު ބަރަހަނާ ވާތަން ބަލަން މުއިއްޒެއް ނުހުންނާނެއެވެ. އާރާބާރު ހޯދާ ދަމަހައްޓަން އަދުރޭގެ ފަރާތުން މުއިއްޒަށް ބޭނުންވާ އިތުރު އެއްޗެއް ނުއޮންނާނެއެވެ. ކުރަން ބޭނުން ކަމެއް އަދުރޭއާއި ހެދި ނުކުރެވިފައި ހުންނާކަށް މިހާރަކު ނުޖެހޭނެއެވެ. އަދުރޭ ރުހޭ ނުރުހޭ ބަލައިގެން އުޅެން ޖެހުނު ވަގުތު ހިނގައްޖެއެވެ.

    ]]>
    Thu, 25 Apr 2024 17:06:05 +0500 ނިއުސް ޑެސްކް
    ބޮޑުމެޖޯރިޓީ ލިބިގެން ޝަރީއާ ތަންފީޒެއް ނުކުރެވޭނެ! https://heerasnews.com/2425 https://heerasnews.com/2425 ރައީސް މުއިއްޒު ވެރިކަމާއި މަޖިލިސް ހޯއްދަވައިފިއެވެ. އާއްމު ބަހުން ނަމަ ވެރިކަމާއި މަޖިލިސް މުއިއްޒަށް ރައްޔިތުން ތިޔަ އޮތީ ދީފައެވެ. ރެފްރީއަށް ނުފެނި އަތުން ޖަހައިގެން ވިޔަސް ބޯޅަ ގޯލަށް ވައްދާލައިފިއްޔާ ލަނޑުވާނީ ލަނޑަށެވެ. ވެރިކަމާއި މަޖިލިސް ލިބުނީ ކޮންމެ ގޮތަކުން ކަމަށްވިޔަސް ވަރިހަމަތާއެވެ. އަދުރޭ ބުނާހެން ގާނޫނު އަސާސީ ބަދަލުކޮށްގެން ވެސް ކުރަން ޖެހޭ ކަމެއް މިހާރު ކުރެވޭނެއެވެ. 

    މަޖިލީހުން ކަމެއް ކޮށްނުދީގެން ނުކުރެވިފައި އެއްވެސް ކަމެއް މުއިއްޒަކަށް މިހާރަކު އޮވެގެން ނުވާނެއެވެ. ބަހަނާއެއް ހުއްޖަތެއް ދައްކައިގެން ކަންކަން ލަސްކޮށް ފަސް ކުރުމުގެ ފުރުސަތެއް ނެތެވެ. އަމްދުން މިލިޔަން މިލިޔަނުން ހޭދަނުކޮށް ގާނޫނާއި އުސޫލަށް ބަދަލު ގެނެސްގެން ކުރެވެން އޮތް ކަންކަން ކުރުމަށް ފަޅި ސިކުންތެއް ވެސް ލަސްވެގެން ނުވާނެތާއެވެ. 

    ޖުޑިޝަރީ އޮނިގަނޑު ބޭނުން ފެންވަރެއްގައި ކޮށާމަށާ އިސްލާހު ކުރާކަށް މިލިޔަނުން ހަރަދެއް ނުވާނެއެވެ. ގާނޫނަށް ގެންނަ ހެޔޮބަދަލު ތަކަކުން ޖުޑިޝަރީއަށް ގެނެވޭ ބަދަލުތަކުން ކުޑަވެގެން ދާނީ ދައުލަތުން ޖުޑިޝަރީއަށް ކުރާ ބޮޑު ހޭދައެވެ. އުފެދި ބޮޑުވާނީ ޝަރީއަތަށް ކުރާ އިތުބާރެވެ.

    ފަނޑިޔާރުންނަށް ނުފޫޒު ފޯރުވެން އޮތް ހުރިހާ ދޮރެއް ބަންދުކޮށް ސަރުކާރުން ބޭނުންވުމުންވެސް ފިއްތާ ނުލެވޭ ގޮތަށް ސަރުކާރުގެ ދިގުއަތް މަޖިލިސް މެދުވެރިކޮށްވިޔަސް ނުފޯރާ ގޮތަށް ފަނޑިޔާރުގެ ނިކަން ބައްޓަން ކޮށްލަ ބަލާށެވެ. ޖުޑިޝަރީގެ ބަޖެޓުން ފެށިގެން އިމާރާތުގެ ފަސޭހަކަން ހޯދަން ފަނޑިޔާރުގެ ސަރުކާރުގެ ފައިބުޑަށް ވެއްޓެން ނުޖެހޭ ގޮތައް އަމިއްލަ ފައި މައްޗަށް ތެދުވެ އޮތް ޖުޑިޝަރީއަކަށް ހަދާ ދީބަލާށެވެ. އެކަން ކޮށްދިނުމަށް އުނދަގުލެއް މިހާރަކު މުއިއްޒަކަށް ނުއޮންނާނެއެވެ. 

    ޖުޑިޝަރީ އިސްލާހު ކުރުމާއެކު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް މުއިއްޒު ކޮށްދެއްވަންވީ މާބޮޑުކަމެއް އެބައޮތެވެ. ރާއްޖޭގައި ހިންގާ ކޮންމެ ކަމެއް އިސްލާމީ ޝަރީއަތާ އެއްގޮތަށް ހިންގުމެވެ. މަރުގެ ހުކުން ތަންފީޒު ކުރުމެވެ. ރަޖަމް ކުރުމެވެ. ހައްދު ޖެހުމެވެ. އަތް ކެނޑުމެވެ. ރިބާ ހުއްޓުވުމެވެ. ރާގެންގުޅުމާއި އެތެރެކުރުން މަނާކޮށް ހުއްޓުވުމެވެ. ކެރޭނެ ހެއްޔެވެ. ކުރެވޭނެ ހެއްޔެވެ. ތަރައްގީގެ ވާހަކަ ދެއްކެންވެސް އޮތީ އޭގެ ފަހުންނެވެ.            

    ]]>
    Thu, 25 Apr 2024 15:25:47 +0500 ނިއުސް ޑެސްކް
    އެމްޑީޕީ 12މެންބަރުން މަޖިލީހުގާ ތަޅާނީ ނަކަހެއްނޫން! https://heerasnews.com/2424 https://heerasnews.com/2424 ރާއްޖޭގައި ސިޔާސީ އިސްލާހީ ހަރަކާތް 2005 ގައި ފެށުނުއިރު މަޖިލީހުގެ މެޖޯރިޓީ ބޮޑުކޮށް އޮތީ އޭރުވެރިކަމުގައި ހުންނެވި ރައީސް މައުމޫނަށެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރި ހާއްސަ މަޖިލީހުގައި 113 މެންބަރުން ތިބިއިރު އިސްލާހީ ހަރާކަތުގެ ތިބީ 12 ވަރަކަށް މެންބަރުންނެވެ. 

    ވެރިކަމުގެ އާރާބާރުގައި މައުމޫނު ހުންނަވަނިކޮށް ހިފެހެއްޓިފައިވާ އެތައް ހައްގެއް ހޯދީ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލު މައުމޫނު އަތްޕުޅުގައި އޮއްވައެވެ. ސިޔާސީ ޕާޓީ ހަދާ ހިންގުމުގެ ގާނޫނީ ބާރު ހޯދިއެވެ. 18 އަހަރުން މައްޗަށް ވޯޓުލުމުގެ ހައްގު ހޯދިއެވެ. ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދިއެވެ. އެއްވެއުޅުމާއި މުޒާހަރާ ކުރުމުގެ ހައްގު ހޯދިއެވެ. އެނޫންވެސް އެތައް ހައްގެއް ހޯދީ މަޖިލީހުގެ ސްޕަރމެޖޯރިޓީ އޭރުގެ ރައީސަށް އޮއްވައެވެ. މަޖިލީހުގައި ތިބީ އެންމެ 12 މެންބަރުންނެވެ. 

    އޭގެ ފަހުން ވިއްސަކަށް އަހަރު ނުވަނީސް އިސްލާހީ ހަރަކާތުގެ 12 މެންބަރުންނާއެކު އަނެއްކާވެސް ހައްގުތައް ކަށަވަރުކުރަން މިއޮތީ ޖެހިފައެވެ. އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. އެމްޑީޕީއަށް މެޖޯރިޓީ އޮވެގެން ރައިސް އިބޫ ހިތުހުރި ގޮތަކަށް ކަންކަން ނުކުރިޔަސް ޕީއެންސީގެ ސްޕަރ މެޖޯރިޓީ މަޖިލިސް ވެގެން ދާނީ ރައިސް މުއިއްޒުގެ ޑިކްޓޭޓަރޝިޕް ކަށަވަރު ކޮށްދޭ ބާރަށެވެ. ހައްދެއްނެތް މިންވަރަށް ބާރާއި އިހުތިޔާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒަށް ހޯދާ ދޭނެއެވެ. މަޖިލީހުގެ ރުހުން ހޯދަން ނުޖެހި ބޮޑެތި ގިނަ ކަންތައް ތަކެއް ކުރުމަށް ގާނޫނީ ބާރު ދޭނެއެވެ. ސަރުކާރުން ހުށަހަޅާހާ ކަމެއް ދެވަނަ ވިސްނުމަކަށް ނުގޮސް ފާސްކޮށް ތައްގަޑުޖަހާ ދޭނެއެވެ. 

    ރައީސް މުއިއްޒު ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް މަޖިލީހުގެ ތެރެއިން ފާސްކޮށްދީ ސިއްކަ ޖަހަމުން ދާއިރު އެމްޑީޕީގެ 12 މެންބަރުން ތިބޭނީ ނަކަސްތަޅާކަށް ނޫނެވެ. ކަށީގެ މަދަށް އެމީހުން ހިތްވަރު ކުރާނެއެވެ. އެހެނަސް ސަރުކާރު ޖަވާބުދާރީ ކުރުމަށް އެމްޑީޕީގެ 12 މެންބަރުން ނަކަސްނުތަޅާ މަޖިލީހުގެ ތެރޭގައި ކަމެއް ކުރެވޭނީ އެއްރޫހެއްގައި ގިނަ ބަޔަކު ސީދާ ހަރަކާތަށް ނިކުމެގެންނެވެ. ސަރުކާރުން ދައްކާ ނަނާ ހުވަފެނުގައި ނުޖެހި އެއްވާނަކަށް ހައްގުބަސް ބުނެ އަޑު އުފުލައިގެންނެވެ. 

    މަޝްވަރާއާއި ޑިމޮކްރޭޓިކް ހަމަތައް ގަބޫލު ނުކުރާ ޑިކްޓޭޓަރެއްގެ ފުށުން ރަނގަޅަކަށް އުންމީދު ކުރާނީ މޮޔައެކެވެ. ނިކަން ދެކޭށެވެ. އަދި މިއުޅެނީ މަޖިލިސް ހޮވާ ދާއިމީ ނަތީޖާ އިއުލާނު ނުކޮށެވެ. އެކަކަށް ދެ މަގާމާ ދެ މުސާރަ ދޭން ކަނޑައެޅީއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖޭންސީ (އެންސްޕާ)ގެ ސީއީއޯ ކަމުގައި ހީނާ ވަލީދު ބަހައްޓައިގެން ރައީސް އޮފީހުގެ އިސްތަރުޖަމާނު ކަމަށް ހީނާ ވަލީދު އިސްކުރީއެވެ. މިޒާތުގެ ކިތަންމެ ފިލްމެއް އަދި ފެންނާނެއެވެ. 

    ގޯތިތަކާއި ފްލެޓް ތަކަށް ހަދާނީ ހަދާނެ އެއްޗެކެވެ. ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ސިޓީ ކައުންސިލް ތަކުގެ ބާރު މުޅިން ކަނޑުވާލާ އިންތިހާބީ ބަޔަކު ތިބޭ ތިބުން ނިމުމަކަށް ގެންނާނެއެވެ. މިނިވަން މުއައްސަސާ ތަކަކީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި އަނިޔާތައް ފޮރުވާދޭ ތަންތަން ކަމަށް ހަދާނެއެވެ. ފަނޑިޔާރުގެއަކީ ސަރުކާރުން ބޭނުންވާ މީހުންގެ މައްޗަށް އުގޫބާތް ކަނޑައަޅަން ހުންނަ ތާކަށް ހަދާ ނިންމާނެއެވެ. ހައްގާ އިންސާފަކީ ރައީސް މުއިއްޒު ކަމުގާ މީހުން ގަބޫލުކުރާ ވަރަށް މުއިއްޒު މުގައްދަސްކޮށް ހުދު މުހުތާރުވެރި ކަމުގެ ހުރިހާ ސިފައެއް ލާފުރާ ފުރިހަމަ ކުރާނެއެވެ.

    ސަރުކާރު ޖަވާބު ދާރީކުރުން ސަރުކާރާ ހަވާލު ކުރުމުން ނުވެނުދާނެ ހުރިހާ ގޮތެއް މިފަހަރު ވާނެއެވެ. ކެވުނު ވިހައިގެ އިހުސާސް ވާނީ މުޅި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ވިހައިގެ އަސަރު ފޯރީމައެވެ. ފޫނާއްޓެއްގެ ލޮލުން ތިމާގެ ދުނިޔެ ބަލާ ކޮންމެ މީހަކަށް އޭނާގެ ދުނިޔެ ފެންނާނީ ނާށީގައި ލޯޖެހުމުން ފެންނަ ހިސާބެވެ. 

    ]]>
    Wed, 24 Apr 2024 16:28:57 +0500 ނިއުސް ޑެސްކް
    މަޝްހޫރު ހަވާދު ބްރޭންޑްތަކެއްގާ ކެންސަރުޖެހޭ ކެމިކަލެއް! https://heerasnews.com/2422 https://heerasnews.com/2422 ބައިނަލްއަގްވާމީ އެޖެންސީއަކުން ބުނާގޮތުގައި ހަވާދުގެ ބްރޭންޑް ތަކަކުން ކެންސަރަށް މަގުފަހިވާ ކެމިކަލްތަކެއް ފެނިއްޖެއެވެ. ކެމިކަލް ފެނިފައިވަނީ އިންޑިއާގެ މަޝްހޫރު ބްރޭންޑް ތަކަކުންނެވެ. 

    ހޮންކް ކޮންގްގެ ފުޑް ރެގިއުލޭޓަރީ އޮތޯރިޓީ ސެންޓަރ ފޯ ފުޑް ސެކިއުރިޓީން ޝާއިއުކުރި ރިޕޯޓެއްގައި ކެންސަރަށް މަގުފަހިވާ ކެމިކަލް ހުންނަ 3 ބްރޭންޑެއްގެ ހަވާދު އިންޑިއާގައި އުފައްދާކަމަށް ބުނެފައިވެއެވެ. ބްރޭންޑްތަކުގެ ވާހަކަ ދައްކާފައިވެއެވެ. އިންޑިޔާގެ އެ ތިން ބްރޭންޑްގެ ހަވާދުން ވެސް ފެނިފައިވަނީ އެތިލީން އޮކްސައިޑް ކަމަށް ރިޕޯޓްތައް ބުނެއެވެ.

    ކެމިކަލް ބޭނުން ކުރުމަށް ހުއްދަކުރެވިފައިވާ މިންގަނޑާއި ހިލާފު ވެފައިވާ ކަމަށް ވަނީ އެމްޑީއެޗް ކުންފުންޏާއި އެވަރެސްޓް ކުންފުނިންނެވެ. އެ ކުންފުނި ތަކުން އެ ތުހުމަތުތަކަށް އަދި ރައްދެއް ދީފައިނުވެއެވެ.

    ހޮންކޮންގުގެ ފުޑް ރެގިއުލޭޓަރީ އޮތޯރިޓީން ބުނާގޮތުގައި އެމްޑީއެޗްގެ އުފެއްދުންތަކެއް ކަމުގައިވާ "މަދްރަސާ ކަރީ ޕައުޑަރ" އާއި "މިކްސްޑް މަސާލާ ޕައުޑަރ" އާއި  "ކަރީ ޕައުޑަރ މިކްސްޑް މަސާލާ ޕައުޑަރ" ގައި އެތިލީން އޮކްސައިޑް ހުރެއެވެ. ހަމައެހެންމެ އެވަރެސްޓްގެ "ފިޝް ކަރީ މަސާލާ" އިން އެތިލިން އޮކްސައިޑްގެ އަސަރު ފެނިފައިވާކަމަށް ވެއެވެ. 

    ]]>
    Wed, 24 Apr 2024 12:28:06 +0500 ނިއުސް ޑެސްކް
    ފައިސާއާއި ނުފޫޒުގާ ނުޖެހި އެމްޑީޕީއަށް އެތައްހާސް ވޯޓެއް! https://heerasnews.com/2421 https://heerasnews.com/2421 ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އޮތް ބޮޑު މެޖޯރިޓީ ގެއްލުމަކީ އެމްޑީޕީ ނެތި ދިއުމެއް ނޫނެވެ. އެމްޑީޕީގެ ސިޔާސީ ހަކަތަ ހުސްވުމެއްވެސް ނޫނެވެ. އެމްޑީޕީ ރޫޅުމެއްވެސް ނޫނެވެ.

    ނިމިދިޔަ އިންތިހާބުގައި އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ނުލިބުނެއް ކަމަކު އެމްޑީޕީއަށް މުޅި ރާއްޖޭން ލިބުނު ވޯޓު މަދެއްނޫނެވެ. ސަރުކާރެއްގެ އާރާބަރުގައި ވަޒީފާތަކާއި ފައިސާ ބަންޑެލިތައް ހަޔާތެއްނެތި އޮހެމުން ދިޔައިރު އޭގައި ނުޖެހި އެމްޑީޕީއަށް ގިނަ އަދަދަކަށް ބަޔަކު ވޯޓު ދިނީ އެމްޑީޕީ ރޫޅާ ނުލެވޭތީއެވެ. މެންބަރުން އިންތިހާބުކުރި 93 ދާއިރާގެތެރެއިން މަދު ދާއިރާއެއް ފިޔަވާ ގިނަ ދައިރާތަކުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީއަށެވެ. ދާއިރާތަކުގެ ގޮނޑި ކާމިޔާބު ކުރި މީހުން ގޮނޑި ކާމިޔަބުކޮށްފައި ހުރީ ބޮޑު ފަރަގަކުން ނޫނެވެ. 100 ވޯޓަށްވުރެ ބޮޑު ފަރަގަކުން ގޮނޑި ލިބިފައިވަނީ މަދު ބަޔަކަށެވެ.

    އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ގޮނޑި ލިބޭ އިންތިހާބެއްގައި އެންމެ ވޯޓަކުން ތަފާތުވެގެންވެސް ގޮނޑިއަކަށް މީހަކު އިންތިހާބު ވެދާނެއެވެ. އެއްޔަކީ ބަލިވާ ކެންޑިޑޭޓަށް ތާއީދު ނެތުމެއް ނޫނެވެ. މަޖިލީހުގެ ގިނަ ގޮނޑި ޕާޓީއަކުން ކާމިޔާބު ކުރުމާ ރައްޔިތުންގެ ތާއީދަކާ ގުޅުމެއް ނޯވެއެވެ. 

    ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނީ އެމްޑީޕީއަށް 67 ގޮނޑި ކާމިޔާބު ކޮށްގެން ސްޕަރމެޖޯރިޓީންނެވެ. އެމްޑީޕީއަށް އެހުރިހާ ގޮނޑި ލިބުނުއިރު އެމްޑީޕީގެ ޓިކެޓްގައި ނިކުތް ހުރިހާ ކެންޑިޑޭޓުންނަށް މުޅި ރާއްޖޭން ވޯޓުލީ މީހުންގެ %50 ނުލިބެއެވެ. އެހެނަސް ދައިރާތަކުގެ ވޯޓުތައް ބެހިގެން ދިޔަލެއް ބޮޑުކަމުން ކުޑަ ތަފާތަކުން އެމްޑީޕީއަށް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބުނީއެވެ. ނިމި ދިޔަ އިންތިހާބުން ވެސް ފެންނާނީ އެ ހަގީގަތެވެ.

    ނިމިދިޔަ އިންތިހާބުން ފެނިގެން ދިޔަ އެންމެ ބޮޑު ހަގީގަތަކީ އެމްޑީޕީ ރޫޅާލަން ނިކުތް ފިކުރެއްގެ ދިރުން މަރުވެ މޫނުއެޅުމެވެ. ރައީސް ނަޝީދާއި އޭނާގެ އައުވާނުން ސިޔާސީ ދަނޑުން ބޭރުވެ ދަ ޑިމޮކްރެޓްސް އޮޔާ ދިޔުމެވެ. މަޝްހޫރު އިންތިއާއި އީވާއާއި އަލީ އާޒިމާއި ހަސަން ލަތީފާއި ބޮންޑޭ ހުތުރު ބައްޔަކުން ބަލިވުމެވެ. އެއިން މީހަކަށް އެމީހުންގެ ދައިރާތަކުގައި ރޭހުން ދެވަނައަށް ވެސް ނާދެވުމެވެ. 37 ގޮނޑިއަށް ދަ ޑިމޮކްރެޓްސް ވާދަކޮށް އެންމެ ގޮނޑިއެއްހާ ހިސާބުވެސް ނުލިބި ބޮލާފޮށާ އެޅުމެވެ.              

    ]]>
    Tue, 23 Apr 2024 18:07:49 +0500 ނިއުސް ޑެސްކް
    ނުގުޅިގެން ނޫޅޭތި! ހޮވުނީ ބުނިއެއްޗެއް ދީގެން! https://heerasnews.com/2420 https://heerasnews.com/2420 ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަނީ ރައްޔިތުންގެ ބާރު ތަމްސީލު ކުރުމަށެވެ. ރައްޔިތުންގެ ހެވާ ލާބައަށް ހަދަންޖެހޭ ގާނޫނުތައް ހަދާ އުވާލަންޖެހޭ ގާނޫނުތައް އުވާލާ އިސްލާހު ކުރަންޖެހޭ ގާނޫނުތައް އިސްލާހު ކުރުމަށެވެ. ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށެވެ. އަހަރީ ބަޖެޓް ފާސްކޮށް ދައުލަތް ހަމަމަގުން ހިންގުމަށް މަގު ދެއްކުމަށެވެ.

    އެހެނެއް ކަމަކު މަޖިލީހުގެ މެންބަރު ފޯނު ނުނަގައިގެން ދާއިރާ މީހުން އުޅެއެވެ. ރައްޔިތުންގެ ހާލު ބަލަން އަބަދު ގުޅަގުޅާ ނުހުންނާތީ ރުޅި އާދެއެވެ. ކަމާ ކަންފަށަށް ދާއިރާއަށް މެންބަރު ނުދާތީ ޝަކުވާ ކުރެއެވެ. ދައިރާއަށް ޕްރޮޖެކްޓްތައް ނުގެންދާތީ ހިތްހަމައެއް ނުޖެހެއެވެ. ބޭރަށްދާން އާސަންދަ ހޯދާނުދީގެން ރުޅިއާދެއެވެ. ކަމެއް ޖެހޭ އިރަށް ގުޅާލާފައި ބުނާ އަދަދަށް ފައިސާ ނުދީގެން ތުންދަމައެވެ.

    ވާނީ އެހެންތާއެވެ. މަޖިލީހުގެ މެންބަރުން ހޮވާ ގާނޫނީ ބޭނުމަށްވުރެ މަޖިލިސް މެންބަރުގެ ބޭނުން ދާއިރާއަށް ބޮޑެވެ. ވިހަން ތަންމައްޗަށް އަރާ އޮންނަ މީހާގެ ފޫޅުމަޔަކީ ގިނަ ފަހަރަށް ދާއިރާގެ މެންބަރެވެ. ދާއިރާގެ ވެލްފެއަރ އޮފިސަރަކީ ވެސް މެންބަރެވެ. ދާއިރާގެ ހުރިހާ ރަށަކާއި ހުރިހާ ރައްޔިތުންގެ މުހުތާދެއްގެ ޒިންމާއަކީ މެންބަރުގެ ޒިންމާއެކެވެ. ގޭފުރާޅުން ވާރޭވެހުނަސް ދާއިރާގެ މީހަކަށް ހެޔޮވަރުގެ ހުންވަރިއެއް އަޔަސް އެކަމާ އުޅެން ހުރީ މެންބަރެވެ. މެންބަރުކަން ލިބުމާއެކު މެންބަރު ބަދަލު ވަނީ ދާއިރާގެ ކޮންމެ މީހެއްގެ ގޮވާން ދަނޑުގައި ގެންގުޅޭ ގެރިގާޑިޔަލަށެވެ. ނޫނީ ކިރުފެލާ ގެރިއަށެވެ.

    އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އިލްމުވެރި ބަޔަކަށް ވާންޖެހެއެވެ. ދަށްވެގެން ޑިގްރީއެއް ނެތިއެއް ކަމަކު ނުދެއެވެ. ކުށެއް ބުށެއްގެ ކުލަވެސް އަރާލާފައި ދުވަހަކު އޮވެގެން ނުވެއެވެ. ފިސާރި ދޫހެލޭން ޖެހެއެވެ. ދާއިރާއަށް އުފަން ދާއިރާގެ ރައްޔިތަކަށް ވެސް ނުވެއެއް ކަމަކުނުދެއެވެ. ނަޒާހަތްތެރި ގާނޫނީ މާހިރަކަށް ނުވެވެސް ކަމަކު ނުދެއެވެ. މީހެއްގެ މީހަކަށް އަމްދުން ވެގެން ނުވެއެވެ. ޑްރަގް އެޑިކްޓަކަށް ޑްރަގް ލޯޑަކަށް ވެގެން ނުވެއެވެ. އަމްދުން ދީނަށް ލޯބިކުރާ ދީނީ މީހަކަށްވުން ލާޒިމެވެ. 

    ކަން މިހެން އޮތްއިރު މަޖިލީހަށް މެންބަރު ހޮވުމަށް ވޯޓާ ޖެހުމުން އެއްކަލަ ޑިގްރީ އަކަށް އިލްމުވެރި ކަމަކަށް ނުބަލައެވެ. ދޫހެލުމަކަށް ނަޒާހަތްތެރި ކަމަކަށް ނުބަލައެވެ. ދީންވެރި ކަމަކަށް ގާނޫނީ މީހަކަށް ނުބަލައެވެ. ރަށުމީހަކަށް ދާއިރާ މީހަކަށް ނުބަލައެވެ. 

    ޑްރަގް އެޑިކްޓަކަސް ޑްރަގް ލޯޑަކަސް ވަރިހަމައެވެ. ރޭޕިސްޓަކަސް ގެންގްލީޑަރަކަސް ފަރުވާލެއް ނެތެވެ. އޮޅިގެން ދުވަހަކު ހުޅަނގު ފަރާތަށް ގުދުވެ ނުލިޔަސް ވަރިހަމައެވެ. ކުރިން ދާއިރާއަށް ކަމެއް ކޮށްދީފައި ނެތަސްހެވެވެ. ދުވަހަކު ލޯ ނުދެކޭ މީހެއްގެ މީހަކަސްހެވެވެ. ދާއިރާގެ މެންބަރުކަމުގެ ގޮނޑިއަށް ހޮވޭނީ އިންތިހާބާ ދިމާކޮށް އެންމެ ގިނަ ކަންތައް ކޮށްދޭ މީހެކެވެ. ވޯޓު ގަންނަން އެންމެ ގިނަ ފައިސާއާއި ތަކެތި ދޭމީހެކެވެ. ވޯޓު ހޯދަން އެންމެ ގިނަ ވަޒީފާ ހޯދާދޭ މީހެކެވެ. 

    ވޯޓު ވިއްކައިގެން މެންބަރު ކަމަށް ހޮވި މީހާ ފޯނު ނުނަގައިގެން ދާއިރާ މީހުން އުޅޭނެ ކަމެއްނެތެވެ. ރައްޔިތުންގެ ހާލު ބަލަން ނުގުޅާތީ ރުޅި އަންނާނެކަމެއް ނެތެވެ. ދާއިރާއަށް މެންބަރު ނުދާތީ ޝަކުވާ ކުރާނެ ކަމެއްނެތެވެ. ދައިރާގައި ޕްރޮޖެކްޓްތައް ނުހިނގާތީ ހިތްހަމަ ނުޖެހޭނެ ކަމެއްނެތެވެ. ބޭރަށްދާން އާސަންދަ ހޯދާނުދީގެން ރުޅިއަންނާނެ ކަމެއް ނެތެވެ. ކަމެއް ޖެހިގެން ގުޅާލާފައި ބުނާ އަދަދަށް ފައިސާ ނުދީގެން ތުންދަމާނެ ކަމެއް ނެތެވެ. ވަކި ގޮތަކަށް ވޯޓުދީ ގާނޫނުތައް އޮޅާލާތީ ކަންބޮޑުވާނެ ކަމެއްނެތެވެ. މަޖިލީހުގެ ތަޅުމުގައި އައުގުރާނަ ގޮވާ ބަނޑު މުސާރައަށް ބެއްދިޔަސް ފާޑު ކިޔާނެ ކަމެއްނެތެވެ. އެމީހުން މަޖިލީހަށް ވަދެ އެތިބީ ބުނި އެއްޗެއް ދީގެންނެވެ. ގޮނޑި ގަނެގެންނެވެ.     

    ]]>
    Tue, 23 Apr 2024 16:01:22 +0500 ނިއުސް ޑެސްކް
    ސީދާހަރަކާތަށް ނުގެންދެވޭ ލީޑަރޝިޕެއް އެމްޑީޕީ ބޭނުމެއްނޫން https://heerasnews.com/2419 https://heerasnews.com/2419 އެމްޑީޕީގެ ތާރީހުގައި ކުރިމަތިވީ އެންމެ ބޮޑު ދެ ނާކާމިޔާބީ ކުރިމަތިވީ މިހާރު މިއޮތް ލީޑަރޝިޕްގައެވެ. ޖެހިޖެހިގެން ބޮޑު ދެބަލި އެމްޑީޕީއާ ކުރިމަތިވީ ވުމަކީ ލޯމަރާލައިގެން ތިބެވޭ ވަރުގެ ކަމެއް ނޫނެވެ. 

    ރިޔާސީ އިންތިހާބުން ބަލިވުމުގައި ބޮޑެތި އިހުމާލު ތަކެއް ހުއްޓެވެ. ގްރާސްރޫޓާއި ލީޑަރޝިޕްގެ ގުޅުން ބޮޑުތަނުން އޮތީ ކެނޑިފައެވެ. މަޖިލީހުގެ އިންތިހާބަށްޓަކައި މަޖިލީހުގައި ތިބި އެމްޑީޕީގެ ގިނަ މެންބަރުން އެ މެންބަރެއްގެ ދާއިރާގެ އެހެން އިސް އެކްޓިވިސްޓުން ތިބީ ބާކީކޮށްފައެވެ. ކެންޕޭނު ތެރޭގައި ރަނގަޅަށް ގްރައުންޑް ރީޑެއް ނުކުރެވެއެވެ. ކަންމަތީ ބައްދަލުވުން ތަކެއް ނުބޭއްވެއެވެ. އެއްވާނަކަށް ހަރުގެ ތަކެއް ނުހިންގެއެވެ. ރަށްރަށުގެ ކަމުވޮށިވެގެންވާ ނުފޫޒުހުރި ގިނަ މީހުން އޮންބޯޑްކޮށް ކެންޕޭނުގައި ހަރަކާތްތެރިއެއް ނުކުރެވުނެވެ. 

    ވެރިކަމުގެ އާރާބާރުގައި ތިބެ ކުރެވެން ހުރި އެތައް ކަމެއް ނުކޮށް ލަސްކޮށް ފަސްކުރުމަކީ މިއަދު ފެނުނު ނަތީޖާގެ ހަގީގަތެވެ. މިލިޔަނުން ހަރަދުނުކޮށް ކުރެވެން ހުރި އެތައްކަމެއް ނުކޮށް އޮތީ ދޫކޮށްލެވިފައެވެ. ޕާސްޕޯޓްހެދުމާއި އައިޑީކާޑް ހެދުންފަދަ އަސާސީ އެތައް ކަމެއް އިހުނަށްވުރެ މީހުނަށް އުނދަގޫވިއެވެ. ކުރިން އެއް ދުވަހުން ނިންމޭ ޕާސްޕޯޓް ލިބެނީ ދިހަބާރަ ދުވަހުންނެވެ. އިދާރީ ހިންގުމުގައި ބިއުރޮކްރަސީ ބޮޑުވެ ހިދުމަތް ހޯދުން ވަނީ އާއްމު އުދަގުލަކަށް ވެފައެވެ. 

    މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު ބައިންދައިގެން އިބޫ ސަރުކާރަށް ވަގަށްގޮވާ ބޮޑެތި ތުހުމަތުކޮށް ސަރުކާރާއި އެމްޑީޕީއާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފައްދާ އިތުބާރު ނަގާލަމުން ދިޔައިރު އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. ސަރުކާރު ތެރޭގައި ތިބެ ދައުލަތް ލޫޓުވާ ކަންކަން ލަސްކޮށް ފަސްކުރާއިރު ކޯލިޝަން ހިފެހެއްޓުމުގެ ނަމުގައި އެއްވެސް ފިޔަވަޅެއް ނޭޅުނެވެ. ސުވާލު އުފެދޭފަދަ ބޮޑެތި ނިންމުންތައް ނިންމަމުން ދިޔައިރު ދުރާލާ ކަމުގެ ހަގީގަތް ބުނެއެއް ނުދެވެއެވެ. އަދީބާއި އެހެނިހެން ބޮޑެތި ކުއްވެރިން މިނިވަން ކުރުމަކީ އޭގެ މިސާލެކެވެ. 

    އިންޑިއާސިފައިންނާއި ދެކުނުކަނޑުގެ މައްސަލަ އިދިކޮޅުން ނަގާ ބޮޑު ފިތުނައަކަށް ހަދަންދެން އެމްޑީޕީ އޮތީހަނެވެ. ރައްރަށުގެގައި ހިންގި މަޝްރޫއުތަކުގެ ސައްހަ މައުލޫމާތު ޝައްކެއް ނެތް މިންވަރަށް ސާފެއްކޮށެއް ނުދެވެއެވެ. ސަރުކާރާއި އެމްޑީޕީގެ ސްޓްރެޓެޖިކް ކޮމިނިކޭޝަން އޮތީ ފޭލިވެފައެވެ. އެކަމުގެ ސަބަބުން އިދިކޮޅުން ފެތުރިހާ ދޮގެއް ތެދަށްވިއެވެ. 

    ޕާޓީ ހިންގުމާއި ސަރުކާރު ހިންގުން މަސްހުނިވެ ޕާޓީގެ ސިޔާސީ ހަރަކާތް ހުއްޓި އާއްމު މެންބަރުންނާއި ސަޕޯޓަރުންނާ ގުޅުން ކެނޑުނެވެ. ޕާޓީގެ ޖަލްސާތަކެއް ހަރުގެ ހަރަކާތެއް ކަންމަތީ ބައްދަލުވުމެއް އިންތިހާބަކަށް ބޯމަތިވުމުން ނޫނީ ނުބޭއްވެއެވެ. އެކަށީގެންވާ ސައްހަ މައުލޫމާތު ލިބުން އުނދަގޫވެ ސޯސަލް މީޑިއާގައި އެމްޑީޕީ ބަލިކަށިވެގެން ދިޔައެވެ. 

    ވެރިކަން ނިމުމުން ލިބުނު ތަޖުރިބާގެ ބޭނުން އެމްޑީޕީއަކަށް ރަނގަޅަކަށް ނުކުރެވުނެވެ. ދާއިރާ މަޖިލިސްތައް ތަރުތީބުކޮށް އެއްވާނަކަށް މުޅި ރާއްޖޭގައި ސިޔާސީ ހަރަކާތެއް ނުހިންގުނެވެ. މަޖިލީހުގެ މެންބަރުންނަށް އެކަނި ބަރޯސާ ވެގެން ހަރަކާތްތައް ހުއްޓާލާ އޮތީ ނިދާފައެވެ. މާލޭގެ ގޯތިތަކާއި ފްލެޓްތަކުގެ ވާހަކައަކީ މީޑިއާގައި އެކަނި ދައްކާ ވާހަކައަކަށް އޮތީ ހަދާފައެވެ. ހަރުގެ ހަރަކާތެއް މަގުމަތި ހަރަކާތެއްނެތެވެ. ރައްޔިތުންގެ ކަންބޮޑުވުން ތަކަކީ ހަމައެކަނި މަޖިލީހުގެ ކޮމެޓީއަކުން ނިމޭ ކަމަކަށް އޮތި ހަދާފައެވެ. 

    މިހެން ކިޔާފާ ނުކިޔާނެ ކަމެއް ނެތެވެ. ސީދާ ހަރަކާތަކީ އެމްޑީޕީ ދަންނަ އެއްޗަކަށް ނުވެއެވެ. ހަގީގީ ރައްޔިތުންގެ ބާރު އެމްޑީޕީ އަތުން ދޫވެ ދިޔައީ ލީޑަރޝިޕްގެ ގަޓްސް ނެތިގެންނެވެ.

    އެމްޑީޕީން ގައުމު ބަދަލުކޮށްލީ ވެރިކަމާއި މަޖިލިސް އޮވެގެނެއް ނޫނެވެ. ޖެހެލުންކުޑަކަމާއެކު އެވަގުތަކަށް އަޅަންޖެހޭ ގޮތަކަށް ފިޔަވަޅު އަޅައިގެނެވެ. ވެއްޓުމުން ހަށިފޮޅާލާފައި ދުއްވައި ގަންނަން އެނގޭ ލީޑަރޝިޕަކަށް އެމްޑީޕީ މިވަގުތު މިވަނީ ބޭނުންވެފައެވެ. ވެރިކަމުގައިނެތި ޕާޓީ ހިންގޭ ލީޑަރޝިޕެއް އެމްޑީޕީއަށް ބޭނުމެވެ. ޝާހިދެއް ފައްޔާޒެއް ކިޔާނެކަމެއް ނެތެވެ. ސީދާ ހަރަކާތަށް މުޅި ރާއްޖެ ނުގެންދެވޭ ލީޑަރޝިޕެއް އެމްޑީޕީއަކަށް ބޭނުމެއް ނޫނެވެ. 

    ]]>
    Mon, 22 Apr 2024 19:00:02 +0500 ނިއުސް ޑެސްކް
    ޕީއެންސީގެ ކާމިޔާބީއަކީ ސިހުރެއް! https://heerasnews.com/2418 https://heerasnews.com/2418 ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމަކީ އައުކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަނީ ސަރުކާރެއް ހޮވުމަށްފަހު އޭގެފަހުން ހަމަސް ދުވަސް ނުވަނީހެވެ. އެހެން ކަމުން އައު ސަރުކާރަށް ސަރުކާރުގެ ހުރިހާ އާރަކާ ބާރެއް ހޯދުމުގެ ފުރުސަތު ސަރުކާރު ހިންގާ ޕާޓީއަށް ލިބިގެން ދެއެވެ. ނަތިޖާއެއްގެ ގޮތުން މަޖިލީހުގެ ކޮންޓްރޯލު ސރުކާރަށް ލިބިގެން ދެއެވެ. 

    2013 ގައި ރައީސް ޔާމީނުގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށެވެ. 2019 ގައި އެމްޑީޕީ ވެރިކަމަށް އައުމުން މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. 2023 ގައި ޕީއެންސީ ވެރިކަމަށް އައުމުން ޕީއެންސީއަށް ސްޕަރ މެޖޯރިޓީ ބޮޑުކޮށް ރައްޔިތުން ދިނީއެވެ. 

    ރައީސް ޔާމީނު ވަނީ އެ ވާހަކަ ކުރިޔާލާ ވިދާޅުވެފައެވެ. ސަރުކާރަށް މަޖިލީހުން ގިނަ ގޮނޑިތަކެއް ހޯދާނެ ކަމަށް ދާދިފަހުން ރައިސް ޔާމީނު އޮތީ ވިދާޅުވެފައެވެ. ރައީސް ޔާމީނު ވިދާޅުވިހެން ސަރުކާރަށް މަޖިލީހުން ގިނަ ގޮނޑިތަކެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް ޕީއެންސީގެ މި ފަހަރުގެ ކާމިޔާބީއަކީ ސިއްސައިގެން ދާވަރުގެ ކާމިޔާބީއެކެވެ.

    ޕީއެންސީ ވެރިކަމަށް އައިގޮތާއި ރައީސް މުއިއްޒާއި މެދު ރައްޔިތުން ދެކެމުން އައިކަމަށް ބެލެވުނުހާ ކަންކަމުން ޕީއެންސީގެ ކާމިޔާބީ ސިހުރެއް ކަމަށް ނުބުނެވޭ ވަރެއް ނޫނެވެ. މަތިމައްޗަށް ހަދަމުން ދިޔަ ދޮގުތަކާއި ބަހަމުން ދިޔަ ސިޔާސީ މަގާމުތަކާއި ދިންހާ އާދައިގެ ވަޒީފާތަކާއި ހުއްޓިފައިވާ މަޝްރޫއުތަކާއި ނުދީ ހިފަހައްޓަމުން ދިޔަ ގޯތިތަކާއި ފްލެޓް ތަކަކީ މުއިއްޒަށް ބާރުދިނުމަށް ރައްޔިތުން ނުރުހުނު ކަންކަން ކަމަށް ބެލެވުނެވެ. އެކަންކަމުގެ ސަބަބުން މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ލިބިދާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

    ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި އެތައް ބަޔަކު ރޭހުން ފަހަތަށް ޖައްސާ ސަރުކާރު ތާއިދު އެހެން ބަޔަކަށް ދިން ދިނުމުން އުފެދުނު ބައިބައިވުމުން ސަރުކާރަށް މަޖިލިސް ގެއްލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. އެކަމަކު ނަތީޖާ ލިބިގެން އައީ ހަމްދު ސޮލަވާތް ކިޔަވަން ނޭނގުނަސް މުއިއްޒުގެ ކެންޑިޑޭޓް މަޖިލީހަށް އިންތިހާބު ވެގެންނެވެ. 

    ސަރުކާރާމެދު ކިތަންމެ ބޮޑު ނުރުހުމެއް ފާޅުކުރަމުން ގިނަބަޔަކު ދިޔަނަމަވެސް މުއިއްޒު ބޭނުންހާ ގޮތަކަށް ގާނޫނު އަސާސީ ބަދަލުކޮށް އެހެނިހެން ގާނޫނުތައް ބައްޓަންކޮށް ހެދުމަށް ސަރުކާރުގެ ރަބަރުތައްގަޑަކަށް ރައްޔިތުންގެ މަޖިލީސް އެއޮތީ ހަދާދީފައެވެ. ރައްޔިތުންގެ މަޖިލިސް މުއިއްޒުވީ ވުމަށް މަރުހަބާ ކިޔަމެވެ.   

    ]]>
    Mon, 22 Apr 2024 17:30:04 +0500 ނިއުސް ޑެސްކް
    ނަޝީދަކަށް ރާއްޖޭގެ ސިޔާސީ ނާރެހުގާ ޖާގައެއްނެތް! https://heerasnews.com/2417 https://heerasnews.com/2417 ރައީސް ނަޝީދު ނިކުމެ އެމްޑީޕީއަށް ބެވި ވަރަކަށް ބަރަހަނާ ވަނީ ނަޝީދެވެ. ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ވާހަކަ ނަޝީދު ނުދައްކާށެވެ. މަޖިލީހުގެ 65 ގޮނޑި ބޮލަށް ލައިގެން އިނީ ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ލިބުނު ސްޕަރމެޖޯރިޓީގެ ބޭނުން ހިފައިގެން ނަޝީދު އުޅުނީކީ ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ނޫނެވެ. ދައުލަތުގެ ކަންކަން ޑިމޮކްރެޓިކް ހަމަތަކަށް ފައްތާކަށް ނަޝީދު ނޫޅެއެވެ. 

    ނަޝީދު އުޅުނީ ލިބުނު ސްޕަރ މެޖޯރިޓީގެ ބޭނުން ކޮށްގެން ދައުލަތް ހިންގުމުގެ ބާރު އަތަށް ކަހާލާށެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ހަދާށެވެ. އެތެރޭގައި ހުރެގެން ސަރުކާރުގެ ވާގި ނައްތާލާ ވެރިކަން އަމިއްލަ އަތަށް ފޮރޮޅާލާށެވެ. ބޮޑުވަޒީރަކަށް ވެގެން ގައުމު ފައިކޭޓަށް ޖަހާލާށެވެ. 

    މަޖިލީހުގެ ރައީސްކަން ހޯދަންވެސް ޕާޓީތެރެ ކުރީ ބައިބައެވެ. ދޮގު ތުހުމަތުތައްކޮށް ޑިމޮކްރަސީގެ ނަމުގައި ޒިންމާދާރު އެތައް ބައެއްގެ އަބުރު ކަތިލުން ނޫންކަމެއް ނަޝީދު ނުކުރެއެވެ. ޖޭއެސްސީގައި އިނދެ ޖުޑިޝަރީ އިސްލާހު ކުރުމުގެ ބަދަލުގައި ކުރިކަމަކީ ޖުޑިޝަރީގެ ހުރުމަތް ކެނޑުމެވެ. 

    ރާއްޖޭގެ ސިޔާސީވެށި އިސްލާހު ކުރުމާއި ދައުލަތް ބާރުވެރިކޮށް ފަސާދައިން ސަލާމަތް ކުރަން އުޅުމަށްވުރެ އިސްކަން ދިނީ ފަސާދަ އުފެއްދުމަށެވެ. ނަޝީދު އަމާޒު ހިފާފާ ހުރީ ލާދީނީ އެޖެންޑާ ކުރިއަށް ނެރުމަށެވެ. އެމްޑީޕީއަކީ ލާދީނީ ކަންކަމަށް އިސްކަންދޭ ބައެއް ކަމުގެ ހުތުރުނަން އެޅުނީ ނަޝީދުގެ ލާދީނީކަން ބޮޑުކަމުންނެވެ. 

    ރައީސް ސޯލިހުގެ ތަރައްގީގެ އެޖެންޑާއަށް ހުރަސްއަޅާ ވައްކަމުގެ ތުހުމަތު އެމްޑީޕީ ސަރުކާރަށް ކުރުވީ ސީދާ ނަޝީދެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނަޝީދުގެ ސިޔާސީ ބާރުވެރިކަމަށް ބޭނުންކުރާ ހަތިޔާރަކަށް ހެދީ ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ގޮތް ނޭގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ މަގު ބަންދުކުރީ ސަރުކާރު ތެރޭގައި ނަޝީދު ބައިތިއްބާފައި ތިބި ބޮޓުން ލައްވައެވެ. 

    ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ ރައީސް ނަޝީދު ރައީސް ސޯލިހާ ދެކޮޅަށް ހިންގާ ކެންޕޭނު ހަރުގެއަކަށް ހަދައިގެން އެމްޑީޕީގެ ވެރިކަން ހަރާބު ކުރަމުން އައީ ކުއްލިއަކަށް ނޫނެވެ. ދުރަލާ ރާވައިގެންނެވެ. މަޖިލިސް ރައީސް ކަމުގެ ބާރު ނުހަމަ ގޮތުގައި ބޭނުން ކޮށްގެން ސަރުކާރު ހިންގުމަށް ހުރަސްއެޅީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން ރައީސް ސޯލިހުގެ ވެރިކަމަށް ގިނަ މެންބަރުން ތަކެއް ތާއީދު ކުރިނަމަވެސް ނަޝީދަށް ލިބިއޮތް ރިޔާސަތުގެ ބާރު ބޭނުންކޮށްގެން ސަރުކާރު ހުއްޓުވަން ނުކުރާކަމެއް ނަޝީދު ނެތެވެ. 

    ރައީސް ސޯލިހުގެ ދައުރު ނިމެން ކުޑަތަންވެފައި ވަނިކޮށް މަޖިލީހުގެ ރިޔާސަތުން ނަޝީދު އެއްލާލެވެންދެން ނަޝީދާއި އޭނާގެ އައުވާނުން ރައީސް ސޯލިހުގެ ސަރުކާރަށް ނުކުރާ ޖެއްސުމެއް ނާޅުވާ ބަދުނާމެއް ނެތެވެ. މަޖިލިހުގެ 65 ގޮނޑި އެމްޑީޕީ ސަރުކާރަށް ދީގެން ވީކަމެއް ނެތޭކިޔާ ވާހަކަ ދައްކަމުން ދުވަން އެންމެ ތާހިރީ ނަޝީދެވެ. 

    ފާޑުފާޑަށް އެމްޑީޕީއަށް ބަވައިގެން އަނބުރާ އެމްޑީޕީގެ ކުރި ބޯއްޓަށް ނަޝީދަށް އެރިދާނެކަމުގެ ހުވަފެން ނަޝީދު ނުދެކޭށެވެ. ދިވެހިން ނަޝީދު ދެފުށުން ދަސްކޮށްފިއެވެ. ރައީސް ނަޝީދަށް ރާއްޖޭގެ ސިޔާސީ ނާރެހުގާ ޖާގައެއް ނެތެވެ.  

    ]]>
    Sat, 20 Apr 2024 20:50:45 +0500 ނިއުސް ޑެސްކް
    އިދިކޮޅަށް މަޖިލިސް ލިބުމަކީ މުއިއްޒަށް ރިސްކެއް! https://heerasnews.com/2415 https://heerasnews.com/2415 މުޅި މަޖިލިސް ސަރުކާރަށް ހޯދަން މުއިއްޒު މަރުފަލި ޖަހަނީ ކިއްވެކަމެއް ނޯޅެއެވެ. ރައީސް މުއިއްޒަށްށް ކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތު ތަކެއް ފެންމަތިވެފައި ވާއިރު މުއިއްޒުގެ ވައްކަންތަކުގައި މަތިއަޅަން މަޖިލީހުގެ މެޖޯރިޓީ މުއިއްޒަށް ބޭނުންވާނެއެވެ. މުއިއްޒު ހިތުހުރި ގޮތަކަށް ވެރިކަން ކުރުމަށް ފާރަވެރި މަޖިލިހެއް އޮތުމަކަށް ބޭނުމެއް ނުވާނެއެވެ.

    މިހާރު ވެސް މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އެބަދެއެވެ. މުއިއްޒުގެ ނުފޫޒާ ބާރުގައި އެވާހަކަތައް ވަނީ ސިއްރުކޮށްފައެވެ. އިންތިހާބުގެ ކުރިން މުއިއްޒުގެ ކޮރަޕްޝަނުގެ މައްސަލަތައް ހާމަ ވިޔަނުދީ އޮތީ އޮބި އަޅުވާފައެވެ. 

    ހައުސިން މިނިސްޓަރު ކަމުގައި ހުރިއިރުގެ ގިނަ މައްސަލަތަކެއް އޭގެތެރޭގައި ހިމެނެއެވެ. ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް މައްސަލައާއި ފުލެޓު ލިސްޓުގައި އޮޅުވާލުމުގެ މައްސަލައާއި ވަޒީރު ކަމުގައި ހުރެގެން އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލަ ތަކެއް ހިމެނެއެވެ. ނަމަވެސް މައްސަލަތަކުގެ އެއްވެސް ތަފުސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ހިފެހެއްޓުމަކީ ރައްޔިތުންގެ ބާރަށް ހުރަސް އެޅުމެވެ.

    ދައުލަތުގެ ވެރިންނާއި އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ވެރިން އިންތިހާބު ކުރުމުގެ ހައްގަށް ހުރަސް އެޅުން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ސިފަކުރެއެވެ.

    ރައީސް މުއިއްޒުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ ފުލުހުންގެ ރިޕޯޓަކާއި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ އިންޓެލިޖެންސް ރިޕޯޓެއް ވަނީ މިމަހު ލީކުވެފައެވެ. "ހަސަން ކުރުސީ" ލީކުކޮށްލި މި ދެ ރިޕޯޓަކީ ސައްހަ ރިޕޯޓު ތަކެއްކަން ކަށަވަރެވެ.

    އިދިކޮޅުން "އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް" މުއިއްޒު ބޮލުގައި އެޅުވޭނެ ކަމެއް ނުހޯދޭނެ ކަމަށް މުއިއްޒު ބުނާއިރު އެކަން އެނގޭނީ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ލީމައެވެ. އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ ޑްރާފްޓެއް ވިޔަސް އުފަންވާނީ ކަންތައްތަކެއް ހިނގައިގެންނެވެ. ހިޔާނާތްތެރިވުމާއި ނުހައްގު މުއްސަދިކަން ފަދަ ސީރިއަސް ތުހުމަތުތައް ކަފުން ކޮށްލުމަށް މަޖިލިސް މުއިއްޒަށް ހޯދުން މުހިންމު ވާނެތާއެވެ. 

    އެމްޑީޕީއާއި ރައީސް ޔާމީނުގެ ޕީއެންއެފުން ވަނީ މި މައްސަލަތައް ބަލުމަށް ގޮވާލާފައެވެ. އޭސީސީއިން ބަލަމުންދާ މައްސަލަތަކުގެ ތަފުސީލު ހާމަކުރަން ވެސް ދަނީގޮވާލަމުންނެވެ. މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުޑަތަންވެފާ ވާއިރު ކަމާބެހޭ އިދާރާތައް އޮތީ ނިދާފައެވެ. 

    އިދިކޮޅަށް މަޖިލިސް ލިބުމަކީ މުއިއްޒަށް ރިސްކަކަށް ވާނެއެވެ. ބިރަކަށް ވާނެއެވެ. މުއިއްޒު ބޭނުންވާ ގޮތަށް ހުދުމުހުތާރު ވެރިކަމެއް ކުރަން އޮތް ފުރުސަތު ބަންދުވާނެއެވެ. 

    ]]>
    Sat, 20 Apr 2024 17:38:24 +0500 ނިއުސް ޑެސްކް
    އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް! https://heerasnews.com/2414 https://heerasnews.com/2414 އަނިޔާވެރި އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާ ތަކުގައި ރަފާއަށް ދިން ވައިގެ ހަމަލާތަކުގައި 10 މީހުން ޝަހީދުވެއްޖެއެވެ.

    އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ދިން މި ހަމަލާގެ ފަހުން އަލްޖަޒީރާގެ މުވައްޒަފަކު ބުނި ގޮތުގައި އިޒްރޭލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތޫލްކަރަމްގައި ހުންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ވަދެ ފުރާވަރުގެ ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ޝަހީދު ކޮށްލާފައިވެއެވެ. 

    އިޒްރޭލުގެ ސިފައިން ވަނީ ރަފާއާ އިންވެގެން އޮތް ސަރަހައްދު ތަކަށް އިތުރު ސިފައިން ފޮނުވައިގެން އިރުމަތީ ސަރަހައްދު ތަކުގައި ހުރި ދަނޑުބިންތައް ހަލާކު ކޮށްފައެވެ.

    ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 34،049 މީހުން ޝަހީދުވެ، 76،901 މީހުން ޒަހަމް ވެފައިވެއެވެ.

    ]]>
    Sat, 20 Apr 2024 14:39:17 +0500 ނިއުސް ޑެސްކް
    މުއިއްޒު އިސްތިއުފާދީ! ޔާމީނަށް އިންތިހާބެެއް ހޯދާދީ! https://heerasnews.com/2413 https://heerasnews.com/2413 ދިވެހި ތާރީހު ދެކޭނެ ވެރިކަމުގެ އުމުރު އެންމެ ކުރުމީހަކަށް ޑރ. މުއިއްޒު ވުން ނުވުމަށްވުރެ ކައިރިއެވެ. ވެރިއެއްގެ ކިބާގައި ހުންނަންޖެހޭ ކެތްތެރިކަމެއް އޯގާތެރި ކަމެއް މުއިއްޒުގެ ގަޔަކު ނެތެވެ. ހިކުމަތްތެރިކަމާއި ތެދުވެރިކަމެއް ވެސް ނެތެވެ. ރޯމާ ދުވާލު ހަދަނީ ބުހުތާން ދޮގެވެ. ކައްޒާބުގެ ނަމުން މީހުން ނަންކިޔަނީ ކިޔަން ވެގެންނެވެ. 

    ވާދަވެރިންނަށް ރައްދު ދިނުމުގައި ހަމައެއް ލަމައެއް ނެތެވެ. ބުނާކަށް ނުބުނާކަށް ވަކި އެއްޗެއް ނޯވެއެވެ. އުނބަށް ޖެހުމުގައި ވެސް ދެވަނައެއް ނެތެވެ. އެއްކޮޅަސް އިދިކޮޅަސް ރައީސް މީހާ ކޮންމެ ރައްޔިތަކަށް އެއް ހަމަޔަކުން ދެކެން ޖެހެއެވެ. ރައްޔިތުންގެ ތެރޭން ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ރައްދުދީ ޖަދަލު ކުރުމަކީ ރައްޔިތުންގެ ވެރިއެއްގެ ސިފައެއް ނޫނެވެ. ފެންނަ ފެނުމަށް ދިވެހީންގެ ރައީސް ކަމުގައި މިހާރު ހުރީ ވަކަރުގޭ ކުއްޖެކޭ ހީވެއެވެ. 

    ރައްޔިތުންގެ ވެރިއަކަށް ހުންނައިރު ތުހުމަތުތައް ކުރާނެކަމާއި ފާރަވެރިވާ ބަޔަކު އުޅޭނެ ކަމެއް އޭނާއަކަށް ނޭގެއެވެ. ކުށް ހޯދުމާއި ކުށްދެއްކުމުގައި ވާދަވެރިން އަވަދި ނެތި އުޅޭނެ ކަމެއް ވެސް ނޭނގެއެވެ. އެންމެންނަކު ޖަހާހާ ބެރަކަށް ނުނަށާނެ ކަމެއް ވެސް ނޭގެއެވެ. ގޮތް ދޫނުކުރުމާއި މަވެތި ކަމުގައި ލާމަސީލެވެ. 

    ކުޑައިރު މައިންބަފައިން ވަކިވުމުން ލޯބި ނުލިބުމުގެ ވިޔަރިގަނޑު ބާލައިލުމަށް ވަކިމީހެއް ވަކިތަނެއް ބައެއް ކުދިންގެ ނުހުރެއެވެ. ބޭނުންވާ ގޮތްނޫން އެއްވެސް ގޮތަކީ ގޮތެއް ނޫންކަމަށް އެފަދަ ކުދިން ދެކެއެވެ. އެކަހެރި ކަމާއި މަޑު މޮޅިކަން ހުންނަނީ ކަމަކާ ޖެހެން ދެނެވެ. އަމިއްލަ އާރެއް ބާރެއް ފޯރާ އެއްވެސް ކަމެއްގައި އެހެންބަޔަކު ދެކެފާނެ ގޮތަކަށް ނުބަލައެވެ. ފަހުން ނިކުމެ ދާނެ ނަތީޖާއަކަށް ނުބަލައެވެ. ބޭނުންވާ ގޮތަށް ކަންކޮށް ނިންމާލައެވެ. 

    ރާއްޖޭގެ ވެރިކަން މުއިއްޒަށް ލިބުނީ ބައެއްގެ ތެރޭގައި މަގުބޫލު ކަމެއް އޮވެގެނެއް ނޫނެވެ. މުއިއްޒަށް ތާއީދެއް ކޮށްގެން ވޯޓެއްދޭނެ މާބޮޑު އާއިލާއެއް އޮތީއެއް ނޫނެވެ. ރައީސް ޔާމީނު ވިދާޅުވިހެން މޭވާ ދޮންވެފައްކާވާ ގަހަށް ވައު ޖައްސާ އުސޫލުން މުއިއްޒަކީ މަގާމަށްޓަކާ ޕާޓީ ބަދަލު ކުރަމުންއައި މީހެކެވެ. އަދާލަތުން އެމްޑީއޭ އަށް ދިޔައީ ހައުސިން މިނިސްޓަރު ކަން ހޯދާށެވެ. އެމްޑީއޭ ދޫކޮށް ޕީޕީއެމަށް އައީ މޭޔަރުކަން ހޯދާށެވެ. ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ދިޔައީ މިނިކާ ބާޒެއްހެން ރައީސް ޔާމީނުގެ ރިޔާސީ ޓިކެޓް ފޭރިގަންނާށެވެ. 

    ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ހިތުގައި ރައީސް ޔާމީނުގެ މައްޗަށް އުފެދިފައިވާ ހަމްދަރުދީގެ ނާޖާއިޒު ފައިދާ ނަގައިގެން ވެރިކަން ފޭރިގަތީ ހުސް ގޮނޑިއާއި ރައީސް ޔާމީނުގެ ފޮޓޯގެ ހިޔަނިންނެވެ. ތިމާއަށް މީހަކު ކުރި ތާއީދަކުން ނޫނެވެ. 

    ގަނެގެން ގެންދާ މެންބަރުންނާއި ވަޒީފާގެ ބޭނުމުގައި ތާއީދު ކުރާކަމަށް ދައްކައިގެން އުޅޭ މީހުންނަކީ ކަލާސީންނަށް އޮޑި ބައުނުވާހެން ހިހޫތަނުން ކައިގެން އުޅޭ ބަނޑުއަކިރިއެވެ. ރާޅާ ދެމޭ ބަނޑުއަކިރި އަކީ އެއްތާކު ހުއްޓި ހުންނަ އެއްޗެއް ނޫނެވެ. މުއިއްޒު ވަށައިގެން ތިބީ ހައްތަހާވެސް ބަނޑު އަކިރިއެވެ. ނުވަތަ ދަނޑިވަޅު ބަލަންތިބި މިނިކާ ބާޒެވެ. އާދަންޝަރީފެއް ޝިޔާމެއް ގައްސާނެއް ސައީދެއް ޝަހީމެއް ކިޔާނެ ކަމެއް ނެތްތާއެވެ. ހައްތަހާވެސް ވެރިކަމަށް ފައިނަގައިގެން ތިބި މީހުންނެވެ.

    މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީނަށް އިންސާފު ހޯދާ ދިނުމަށެވެ. މިނިވަން ކުރުމަށެވެ. ރައީސް ޔާމީނަށް ގެއްލިފައިވާ ހައްގުތައް ހޯދާ ދިނުމަށެވެ. މިއްޔަކީ އެއްތާކު ދެތާކު އެއްފަހަރަކު ދެފަހަރަކު މުއިއްޒު ދެއްކި ވާހަކައެއް ނޫނެވެ. އެހެން ކަމަށްވާނަމަ ރައީސް ޔާމީނަށް ގެއްލުނު އެންމެ ބޮޑު ހައްގަކީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގެވެ.

    މުއިއްޒަކީ ރައްޔިތުންގެ ތާއީދެއް އޮތް މީހެއް ނޫނެވެ. މުއިއްޒަކީ ވެރިކަމުގެ ފެށުމުން ފެށިގެން އެންމެ ބޮޑަށް ތާއީދު ގެއްލެމުންދާ ރައީސެވެ. އެހެން ކަމުން މުއިއްޒު މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ރައީސް ކަމުން މުއިއްޒު އިސްތިއުފާދީ ރައީސް ޔާމީނަށް މިނިވަން އިންތިހާބެެއް ހޯދާދިނުމެވެ. 

    ]]>
    Sat, 20 Apr 2024 14:23:06 +0500 ނިއުސް ޑެސްކް
    ރިޓަޔަރޑް ސިފައިން މުއިއްޒު ދެކެ ރަތަށް! https://heerasnews.com/2412 https://heerasnews.com/2412 ސިފައިންނަކީ ގައުމީ ހިދުމަތުގައި ދެވަނައެއް ނެތް ބައެކެވެ. ގައުމީ ސަލާމަތީ ބާރެވެ. ވެރިކަމެއް ދެމިއޮންނަނީ ދިފާއީ ބަރަކާއެކުގައެވެ. ގުދުރަތީ ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ކޮންމެ ހާލަތެއްގައި ސަރުކާރާއި ރައްޔިތުންގެ އައްޑަނައަކީ ސިފައިންނެވެ. 

    ސިފައިންގެ ހިދުމަތުގައި ވިހިތިރީސް އަހަރު ހިދުމަތް ކުރުމަށް ފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ ސިފައިންނަކީ ގައުމުގެ ވަރަށް މަތިވެރި ރައުސުލްމާލެކެވެ. ރިޓަޔަރޑް ސިފައިންގެ މީހާއަކީ ހިދުމަތަށް ގޮވާލެވޭ ކޮންމެ ހާލަތެއްގައި ގައުމުގެ ދިފާއުގައި ނިކުންނަށް ތައްޔާރަށް ތިބޭ ބައެކެވެ. 

    ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ރިޓޔަރޑް ސިފައިންނަކީ ވަރަށްވެސް ޝަރަފުވެރި ބައެކެވެ. އަބުރުވެރި އަމިއްލަ މަސައްކަތާއި ގައުމީ ހިދުމަތުގައި ފަންނީ މަސައްކަތް ރިޓަޔަރޑް ސިފައިން ކޮށްއުޅެއެވެ. އެ މީހުންނަކީ ސިފައިންގެއިން ރިޓަޔަރ ކުރުމަށް ފަހު ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށް އާއްމުކޮށް އެހެނިހެން ވަޒީފާ އަދާކުރަ ބައެއް ނޫނެވެ.  

    ރާއްޖޭގައި އެކަން އޮންނަނީ އެހެނެއް ނޫނެވެ. ދައުލަތުން ބޮޑު ހޭދަކޮށްގެން ތައުލީމާއި ތަމްރީނު ދީފައި ހުންނަ ސިފައިންގެ މީހާ ޝަރަފްވެރި ކަމާއެކު މަގާމުން ގިނައިން ވަކިކޮށްލަނީ ސަމަންތަރު ހެޔޮ ހަށިހެޔޮ ޒުވާން އުމުރުގައެވެ. ފުރިހަމަ ސިއްހަތުގައި ހަކަތަ ހުއްޓައެވެ. އޭރު ގިނަ މީހުންގެ ދަރިން ބޮޑަށްޗެއް ނުވާނެއެވެ. ރިޔަމަންޓްގެ ގޮތުގައި ލިބޭ އެއްޗަކުން އުމުރުގެ ބާކީ ބައިގައި ޝަރަފުވެރި އުޅުމެއް އުޅެވޭ ވަރެއް ނުވެއެވެ. އެހެން ކަމުން ރިޓަޔަރޑް ސިފައިންނަކީ ރާއްޖޭގައި ގަން ހިނގަ ހިނގާ ތިބެން ޖެހިފައިވާ ބައެކެވެ. ޝަރަފްވެރީ ނަމަކަށެވެ.

    އަނެއްކޮޅުން ރިޓަޔަރޑް ސިފައިންނާމެދު ސަރުކާރުން ކަންކުރަނީ ވެސް އަމަލު ކުރަން އޮންނަ އުސޫލާއި ހަމައަކުން ނޫނެވެ. އެކުލަވާލާ އަމަލުކުރަން އޮންނަ ގަވައިދާއެއް އެއްގޮތަށް ވެސް އަމަލެއް ނުކުރެއެވެ. ސަރުކާރުން އަމަލު ކުރަނީ ހިތުހުރި ގޮތަކަށެވެ.

    ސިފައިންގެ ރިޓަޔަރނަމްޓް ގަވައިދު ބުނަނީ މުއައްޒަފަކު ރިޓަޔަރ ކުރާއިރު ހުންނަ ރޭންކްގެ އަސާސީ މުސާރަ ބޮޑުކޮށްފިނަމަ ރިޓަޔަރ ކުރުމަށް ފަހުވެސް މަހުން މަހަށްދޭ ރިޓަރމަންޓް ފައިސާ ދޭންވާނީ ރޭންކަށް ބޮޑުކުރި މުސާރައިން ހިސާބު ހަދައިގެން ކަމަށެވެ. އެހެން ނަމަވެސް ރިޓަޔަރޑް ސިފައިންނާމެދު ރައީސް މުއިއްޒު ސަރުކާރުން އަމަލު ކުރަނީ އެހެނަކުންނޫނެވެ. މިހާރުވެސް ރިޓަރމަންޓް ދެނީ ރިޓަޔަކުރި އިރު ހުރި މުސާރައިން ހިސާބު ހަދައިގެންނެވެ. 

    ރައީސް މުއިއްޒު ވެރިކަމަށް އެރިފަހުން ސިފައިންގެ މުސާރަ ބޮޑުކޮށްފިއެވެ. އެހެން ނަމަވެސް ރިޓަޔަރޑް ސިފައިންގެ ރިޓަޔަރމަންޓަކަށް އެ ބަދަލެއް ނާދެއެވެ. ރިޓޔަރމަންޓްގެ ގަވައިދުގައި އޮތް އެއްޗެއް ބެލުމަކަށް ބޭނުމެއް ނުވެއެވެ. ހަމަޔަ އުސޫލަކީ މުއިއްޒަށް އޮތް އެއްޗެއް ނޫނެވެ. ސިޔާސީ ގޮތުން މޮޅު ހޯދުމަށް މުއިއްޒު އެޅި ފިޔަވަޅުން ހުރިހާ ރިޓަޔަޑް ސިފައިން ތިބީ ރަތަށް އަރާފައެވެ.  

    ]]>
    Sat, 20 Apr 2024 13:02:24 +0500 ނިއުސް ޑެސްކް
    މަޖިލީހަށް ނުވައްދަން އަދުރޭ ބުނި 20 މީހުން!؟ https://heerasnews.com/2411 https://heerasnews.com/2411 ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް 368 އުންމީދުވާރުން ވާދަ އެބަކުރެއެވެ. ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުންނެވެ. އަންނަ އާދީއްތަ ދުވަހަކީ އިންތިހާބު އޮންނަ ދުވަހެވެ. އެދުވަހުގެ ވޯޓަށްފަހު މަޖިލީހުގައި ތިބޭނީ ކޮން ބައެއްކަން ސާފުވެގެން ދާނެއެވެ. މަޖިލީހަށް ހޮވޭ ނުވަދިހަ ތިން މެންބަރުން ތެރޭގައި ތިބީ ސަރުކާރުން ހޮވަން އުޅުނު މީހުންގެ ތެރެއިން ކޮން ބައެއްކަންވެސް އެނގިގެންދާނެއެވެ. 

    މަޖިލީހަށް ވާދަކުރާ މީހުންގެ ތެރޭގައި މަޖިލީހަށް ވައްދަން ހެޔޮނުވާނެ ވިއްސަކަށް މީހުން ތިބިކަމަށް ރައީސް މުއިއްޒުގެ އިސް ވަޒީރު ފޮނަދޫ އަބްދުއްރަހީމް (އަދުރޭ) ބުނެފައިވެއެވެ. އަދުރޭ އެ ބުނާ ވިހި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވޭ ބައެއް މީހުން ފާހަގަ ކޮށްލުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ރައްޔިތުން އެ މީހުނާ މެދު ސަމާލުވާން އެނގޭނީ އޭރުންތާއެވެ. 

    މަޖިލީހަށް ވަންދަން ހެޔޮނުވާނެ ކަމަށް އަދުރޭ އެބުނާ ވިހިމީހުންގެ ތެރެއިން ފާހަގަވާ ބައެއް މީހުން ސަބަބާއެކު ފާހަގަކޮށްލާނަމެވެ.

    1. އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ)

    އަދުރޭ ވާދަކުރަން ނިކުމެ ހުރީ ލ. ފޮނަދޫ ދައިރާއަށެވެ. އަދުރޭއަކީ މަޖިލިސް މެންބަރުކަން ކުރިންވެސް ކޮށްފައިވާ މީހެކެވެ.

    އަދުރޭއަކީ މަޖިލީހުގެ ތަޅުމުގައާއި މަޖިލީހުގެ މަސައްކަތުގެ ތެރޭގައި ރޯ އައުގުރާނަ ގޮވުމުގައި ލަދެއް ހަޔާތެއް ނެތް ހުތުރު ރެކޯޑެއް އޮތް މީހެކެވެ. ރައީސް ޔާމީނަށް ހޯދާދޭ ވެރިކަމެއްކަމަށް ރައީސް ޔާމީނަށް ވަފާތެރިންނަށް ދައްކައިގެން ރައްޔިތުންނަށް ދޯކާދީގެން މުއިއްޒަށް ވެރިކަން ހޯދާދިން ކާންދޭ އަތުގައި ދަތްއެޅި މައްކާރެކެވެ.

    ރައީސް މުއިއްޒު ހައިޖެކް ކޮށްގެން ސަރުކާރުގެ މަގާމުތަކަށް އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ޅިޔަންފަހަރިންނާއި ރައްޓެހިން އިސްކުރުވައިގެން ދައުލަތް ދަވާލާ ހާއިނެކެވެ. އަމިއްލަ ދަރިއަށް ރާއްޖޭގެ އެންމެ ބޮޑު އެންމެ ނާޒްކު އިގްތިސޯދުގެ ވެރިކަން ދީގެން ދުނިޔޭގައި ރާއްޖޭގެ އަގުވައްޓާލާ ބަދުނާމުކޮށް ހަލާކުގެ ތެރެއަށް ވައްޓާލަމުންދާ ބޮޑު ޖާހިލެކެވެ. ދައުލަތުގެ ތިންބާރުން އެއްބާރު ކަމުގައިވާ މަޖިލީހުގެ ރައީސް ކަމަށް ފައިނަގައިގެން ހުރި ހީލަތްތެރި މުރައްކަބު ގައްދާރެކެވެ. 

    2. ފާތިމަތު ސައުދާ

    ފާތިމަތު ސައުދާ ކުރިމަތި ލައިގެން އުޅެނީ ފ. ނިލަންދޫ ދާއިރާއަށެވެ. ސައުދާއަކީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް އަންހެނެކެވެ. ނިލަންދޫ ދާއިރާއަކީ ވަރަށް ކުރިއްސުރެ މައޫނިޒަމަށް ވަރަށް ބޮޑަށް ހުސްވެފައިވާ ދައިރާއެކެވެ. އެހެން ކަމުން ޑީއާރުޕީއާއި ޕީޕީއެމް ފިކުރުން މުޅި ދާއިރާ އޮންނަނީ ކަޅިވެފައެވެ. ނިލަންދޫ ދައިރާގައި އޮތް ރައީސް ޔާމީނުގެ ތާއިދު ހައިޖެކް ކޮށްގެން ވެރިކަމަށް އައި މުއިއްޒު އެ ދައިރާގެ މައްޗަށް ވެރިވެ ގަތުމަށް އެއްބަނޑު ކޮއްކޮ ސައުދާ އެދާއިރާގެ މެންބަރު ކަމަށް އެއިނީ ނެރެފައެވެ. 

    ސައުދާއަށް އެ ދާއިރާގެ މެންބަރުކަން ހޯދާ ދިނުމަށްޓަކާ އެ ދާއިރާގައި މަޖިލީހަށް ވާދަކޮށްފާނެ ހުރިހާ އެންމެނަށް ސިޔާސީ މަގާމުތައް ދީގެން ވަނީ ފަހަތައް ޖައްސާފައެވެ. ވޯޓަކަށް ނުފޫޒެއް އޮވެދާނެހެން ހީވާހާ މީހަކަށް ވެސް ބޮޑެތި ސިޔާސީ މަގާމުތައް ވަނީ ދީފައެވެ. ދާދި ކައިރީގައި އެއަރޕޯޓެއް ނިމިނިމި އޮއްވާ އެ މަސައްކަތް ހުއްޓާލާ ނިލަންދޫ ފަޅުގައި އެއަޕޯޓެއް އަޅަން ފެށީ ސައުދާއަށް ޓަކައެވެ.

    3. މުހައްމަދު ޝިރުހާން 

    މުހައްމަދު ޝިރުހާނު ވާދަ ކުރަނީ ބ. ހިތާދޫ ދާއިރާއަށެވެ. ޝިރުހާނަކީ މަސްހޫރު ސާދާގަރު އާއްޓޭގެ ޕަޕެޓެކެވެ. އާއްޓެގެ މުއައްޒިފެކެވެ. ހިތާދޫ ދާއިރާއަށް ނިސްބަތްވާ މީހެއްނޫނެވެ. ވަންހަ ދިލަކޮޅު ދަރަވަންދޫއާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތަސް ކުރިއަކުން މީހަކު ދަންނަ މީހެއް ނޫނެވެ. އެކަށީގެންވާ ތައުލީމެއް ވާހަކަ ދެއްކުންތެރި ކަމެއްވެސް ނެތް ސިޔާސީ ގޮތުން އުޑެއް ބުޑެއް އެނގޭ މީހެއްނޫނެވެ. 

    ޝިރުހާނުގެ ހުރިހާވެސް ބަާރަކީ އާއްޓޭއެވެ. އާއްޓޭގެ މުއްސަދިކަމެވެ. މަޖިލީސް މެދުވެރިކޮށް ސަރުކާރުގެ ތެރެއިން އާއްޓޭ ބޭނުންވާ ފައިދާ ނެގުމަށް މަޖިލީހަށް ވައްދާ އާއްޓޭގެ ޕަޕެޓެކެވެ. ޝިރުހާނު ހޮވައިގެން ދާއިރާއަށް ލިބޭނެ މޮޅެއްނެތެވެ.

    ނަސިބު ކޫޕަންގެ ގޮތުގައި ހިތާދޫ ދާއިރާގެ ތިންރަށަށް ކެންޕޭނު މޫސުމުގައި ސައިކަލާއި ބައިސްކަލާއި އެއަރކޯނާއި ރަށުޕިކަޕް ރިޝްވަތުގެ ގޮތުގައި ބަހައިގެން ހިންގާ ކެންޕޭނަކުން ފަސާދަނޫން ކަމެއް ނުފެތުރެއެވެ. 

    ރައީސް މުއިއްޒުގެ ކެންޑިޑޭޓްގެ ގޮތުގައި ޝިރުހާނު ނެރެގެން މަޖިލިސް ހިސޯރު ކުރަން އާއްޓޭ އުޅޭ އުޅުމަށް ރައްޔިތުން ތިބީ ވަރަށް ފާރަވެރިވެގެންނެވެ. ރޭގަޑު މެންދަމު ރަށްރަށަށް ގެންގޮސް އޮއްސާލާ ރަށުޕިކަޕް ތަކަކާއި ބައިސްކަލަކީ ވޯޓެއް ނޫނެވެ. 

    އިސްވެ ބުނެވިދިޔަ ތިން މީހުންގެ އިތުރަށް އަންނަނިވި މީސްމީހުންނަކީ ވެސް އަދުރޭ ބުނާގޮތުން މަޖިލީހަށް ވައްދަން ހެޔޮވާ ވަރުގެ ބައެއްނޫނެވެ. އެ މީހުން މަޖިލީހަށް ވައްދަން ނުޖެހޭ ސަބަބުތަކަކީ ފާޅުކޮށް ފެންނަން ހުރިކަންކަމެވެ.  

    1. މުހައްމަދު ނާޒިމު (ކަނަލް ނާޒިމް)
    2. އިބްރާހީމް ސުޖާ (ބާރަށު ދާއިރާ)
    3. ގާސިމް އިބްރަހީމް (މާމިގިލި ދާއިރާ)
    4. އައިޝަތު ނަހުލާ (ހުޅުމާލެ ދެކުނު)
    5. އަހުމަދު ނާޒިމް (ދިއްގަރު ދައިރާ)
    6. އަހުމަދު ސިޔާމް (ދ. މީދޫ ދައިރާ)
    7. އަހުމަދު ސަލީމް (އޭދަފުށި ދާއިރާ)
    8. އިބްރަހީމް މުހައްމަދު ޖަނާބު (މައްޗަންގޮޅި އުތުރު)
    9. މުހައްމަދު އިސްމާއީލް (ވިލިމާލެ ދާއިރާ)
    10. އަބްދުއްލާ ޖާބިރު (ކާށިދޫ ދާއިރާ)
    11. އަހުމަދު އަޒާން (ހިތަދޫމެދު ދާއިރާ)
    12. ހަސަން ޒަރީރު (މަތިވެރި ދާއިރާ)
    13. އަބްދުލްގަނީ (ކުރެންދޫ ދާއިރާ)
    14. މުހައްމަދު ނަޝީދު (ނޮޅިވަރަން ދާއިރާ)
    15. އަހުމަދު ތޯރިގު (މަހިބަދޫ ދާއިރާ)
    16. އަހުމަދު ޒަމީރު (މައްޗަންގޮޅި މެދު)
    17. އަސްމާ ރަޝީދު ( މާފަންނު މެދު ދައިރާ) 
    ]]>
    Fri, 19 Apr 2024 21:58:02 +0500 ނިއުސް ޑެސްކް
    އަޅުގަނޑުގެ ރޯލްމޮޑެލަކީ އަބްދުއްރަހީމެއްނޫން: ޔާމީން https://heerasnews.com/2410 https://heerasnews.com/2410 ޑރ. ޖަމީލާއި މަލީހަކީ ރައީސް ޔާމީނުގެ އިހުލާސްތެރިން ނޫން ކަމުގެ ވާހަކަ ރައީސް މުއިއްޒާއި އަބްދުއްރަހީމް ނުދެއްކެވުމަށް ރައީސް ޔަމީނު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒުގެ ރޯލްމޮޑެލަކީ އަބްދުއްރަހީމް ކަމަށް ވިޔަސް " އަޅުގަނޑުގެ ރޯލު މޮޑެލް އަކީ އަބްދުއްރަހީމެއް ނޫން" ކަމުގައި ރައީސް ޔާމީނު ވިދާޅުވިއެވެ. 

    ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތުމަށްފަހު ޕީއެންސީގެ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ ޑރ. ޖަމީލު ޔާމީނު ދޫކޮށް ލެއްވީއެއް ނޫންނެވެ. ރައީސް ޔާމިނު ވެރިކަމުގައި ބާރުގައި ހުންނެވިއިރު ޖަމީލު ދޫކޮށްލެއްވީ ޔާމީނު ކަމަށް ވެސް ޔާމީނު މިރޭ ވިދާޅުވިއެވެ. 

    ޑރ. ޖަމީލު ވަނީ ރައީސް ޔާމިނު އެންމެ ނިކަމެތިވެ ވަޑައިގަތް ވަގުތު އެއްވެސް މަޖުބޫރު ކަމެއްނެތި އިހުލާސްތެރި މަސައްކަތް ތަކެއް ކޮށްދެއްވާފައި ކަމަށާއި އެކަމަށް އަބަދުވެސް ޝުކުރުވެރިވެ ވަޑައިގަންނަވާނެ ކަމަށް ޔާމީނު ވިދާޅުވިއެވެ. 

    މި ސަރުކާރުން ރައީސް ޔާމީނު ހައްޔަރުގައި ބެހެއްޓުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެއްވަމުން ޕީޕީއެމްގެ ލީޑަރޝިޕުން ޔާމީނުގެ އުސޫލުތައް ހިފަހައްޓަން މަސައްކަތް ނުކުރައްވާ ކަމަށާއި އިންޑިއާ އައުޓް ގަރާރު ބަތިލު ކުރަން މުއިއްޒަށް ކެރިވަޑައި ނުގެންކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.   

    ]]>
    Thu, 18 Apr 2024 21:56:14 +0500 ނިއުސް ޑެސްކް
    ރައީސް ޔާމީނުގެ ހައްގު ހޯދާދިނުމަށް މުއިއްޒު އިސްތިއުފާދީ! https://heerasnews.com/2409 https://heerasnews.com/2409 ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްތައް ހަރާން ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ. 480 ދުވަސް ފަހުން ހުކުމް ބާތިލުކުރީ އަލުން ބެލުމަށެވެ.  

    ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ޑިސެމްބަރު 25 ގައެވެ. ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. މައްސަލައިގެ ޝަރީއަތް ފެށުނީ  2023 ޖޫން މަހުއެވެ. އަޑުއެހުންތައް ނިންމާލީ 2023 ނޮވެމްބަރު 21 ގައެވެ.

    ރައީސް ޔާމީނަށް ކުރި ހުކުން ހަރާން ކަމަށް ހައިކޯޓުން ކަނޑައެޅުމާއެކު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ދެން އިތުރަށް ކުރިއަށް ދާނެ ކަމަކަށް ނުބެލެވެއެވެ. ރައީސް ޔާމީނާއި އަދީބު މައުސޫމުންނަށްވެ ނިމުނީއެވެ. ދައުލަތުން ގެއްލުނު ކަމަށް ބެލެވުނު އެތައް ސަތޭކަ މިލިޔަން ޑޮލަރު ދައުލަތަށް ލިބުމުގެ މަގު ބަންދުވީއެވެ.

    އެފްޕީއައިޑީގެ ހިޔާނާތާއި އެއަރ މޯލްޑިވްސް ހިޔާނާތުގެ މައްސަލަ ދިޔަމަގުން ގޮސް އެމްއެމްޕީއާރުސީގެ މައްސަލަވެސް ކޮޅު މަގަށް އަރާ ނިމުނީ ކަމަށް ބެލެވެއެވެ.

    ބާތިލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީނަށް ގެއްލުނު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ހައްގު އަނބުރާ ރައީސް ޔާމީނަށް އިޔާދަކޮށް ދޭން ނުޖެހި ފަރަކު ޖެއްސޭކަށް ވެސް ނެތެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެން ހުންނެވި ރައީސް ޔާމީނަށް އެ ފުރުސަތު ގެއްލިގެން ނުވާނެއެވެ. 

    ހައްގު ނޫން އަނިޔާއެއް ރައީސް ޔާމީނަށް ލިބި ވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވިއެވެ. އެހެން އެކަން އޮތުމުން މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމަށް ފަހު ރައީސް ޔާމީނު މިނިވަން ނުކުރައްވާ ހުންނެވި ހުންނެވުމަކީ ރައީސް މުއިއްޒު ވަގުތުން އަޒުލް ކުރަން ޖެހޭވަރުގެ ކަމެކެވެ. ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރި ވުމަށް ރައީސް ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފުވެގެންނެވެ. 

    ރައީސް މުއިއްޒު އަޒުލުކޮށް އަލުން ރިޔާސީ އިންތިހާބަކަށް ދިޔުމަކީ ރައީސް ޔާމީނުގެ ގެއްލުނު ހައްގު ހޯދާ ދެވޭނެ އެންމެ އިންސާފުވެރި ގޮތެވެ. ނޫނީ ރައީސް ޔާމީނުގެ ހައްގު ހޯދާ ދިނުމަށް ޑރ. މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަންޖެހެއެވެ. 

    ]]>
    Thu, 18 Apr 2024 20:31:16 +0500 ނިއުސް ޑެސްކް
    މެންބަރު އަލީ ހުސައިން: ޓެސްޓުކޮށް ފާސްވެފައިވާ މޮޅު ޕްރޮޑަކްޓެއް https://heerasnews.com/2408 https://heerasnews.com/2408 ގައުމީ މަސްލަހަތަށްވުރެ އެބައެއްގެ ޒާތީ މަސްލަހަތާއި ސިޔާސީ މަސްލަހަތު އިސްކުރުމުގެ ސަބަބުން ސިޔާސީ ވެރިންނާއި މެދު ރައްޔިތުން ކުރާ އުންމީދާއި އިތުބާރު ވަނީ ނެތިފައެވެ. އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ މާޔޫސްކަން އިތުރުވުން ނޫންކަމެއް ނެތްކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ސަރުކާރެއް ފަނޑިޔާރުގެއެއް ރައްޔިތުންގެ މަޖިލީހެއް މިނިވަން މުއައްސަސާއެއް ސިޔާސީ ޕާޓީތަކެއް ކިޔާނެ ކަމެއް ނެތެވެ. ނަޒާހަތްތެރިން މަދުވެ ކޮރަޕްޝަނާއި ފަސާދަ އާންމެވެ.

    ރާއްޖޭގައި ރައްޔިތުންގެ މަޖިލީސް މެމްބަރުނަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރެވެނީ މަދެއް ސުމާރެއްކޮށް ނޫނެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެކަކު ދެމީހަކަށް ނޫނެވެ. މަޖިލީހުގެ މެންބަރު ކަމުގައި ހުރެ އެއްވެސް ގޮތަކަށް ކޮރަޕްޝަނުގެ އަމަލެއް ހިންގިކަމުގެ ތުހުމަތެއް ނެތް މީހަކު މަދެވެ. މަޖިލީހުގެ މެންބަރު ކަމުގައިހުރެ ކޮރަޕްޝަނާއި ފަސާދައެއް ހިންގި ކަމުގެ ތުހުމަތު ނެތް ހަމައެކަނި މެންބަރަކީ ކެންދޫ ދާއިރާގެ މެންބަރ އަލީ ހުސައިނޭ ބުނުމަކީ ދޮގަކަށް ނުވަނެއެވެ. އެ ކަމާމެދަކު ޝައްކެއް ނެތެވެ. 

    މަޖިލީހުގެ ތެރޭގައި ހިނގާ ބާރު ސިޔާސީ އޮއިވަރުގައި ބެހިގެން ނުގޮސް ނަޒާހަތްތެރިކަން ދިފާއު ކުރުމުގައި 10 އަހަރު އެއްހަމައެއްގައި ހިފަހައްޓާ ލެވޭނީ ލައްކަ ހިއްވަރު ހުރެގެންނެވެ. ލައްކަ ހުސިޔާރު ވެގެންނެވެ. ޕާޓީ ބަދަލުކުރުމާއި ހައްގުނޫން ފައިދާ ނެގުމުގެ ބޮޑެތި ރާޅުބާނިތައް އަރާފައިބަމުން ދާއިރު އެއިން ކަމެއްގައި ނުޖެހި ހިފަހައްޓާ ލުމަކީ ފަސޭހަ ކަމެއްނޫނެވެ. އެހެނެއް ކަމަކު މެންބަރު އަލީ ހުސައިންގެ މެންބަރު ކަމުގެ ދެވަނަ ދައުރު ނިންމަވާ އެލަނީ އެއިން ކަމެއްގައި ނުޖެހިއެވެ. 

    މިފަދަ ހައްސާސް ދުވަސްތަކެއްގައި އަދި ކޮރަޕްޝަނާ ފަސާދާ އިންތިހާއަށް ގޮސްފައިވާ ޒާމާނެއްގައި ވެސް ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ހުސެއިންގެ ނަން ފާހަގަ ކުރެވެނީ ތަފާތު ނަމެއްގެ ގޮތުގައިއެވެ. ފަސްބައި ސާފެވެ. އަހުލާގީ މިންގަޑު ދަމަހައްޓައެވެ. ދައްކާ ވާހަކައިގައި އޮއްޓަރު ހުރެއެވެ. އަދިވެސް އަލީ ހުސައިން ފެންނަނީ އެންމެ އުންމީދީ އެއް މެމްބަރު ގޮތުގައިއެވެ.

     ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2014ވަނަ އަހަރު ކެންދޫ ދާއިރާގެ މެންބަރުކަމަށް އަލީ ހުސައިން އިންތިހާބުވީ ކެންދޫ ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ތަސްމީނު އަލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބ. އަތޮޅު ތަމްސީލު ކުރުމުގައި 20 އަހަރު ރައްޔިތުންގެ މަޖިލީހުގައި އިންނެވި ތަސްމީނު އަލީ އަކީ ސަމާސާ ބޭފުޅެއް ނޫނެވެ. އިލްމުވެރިކަމާއި މުއްސަނދިކަމާއި ސިޔާސީ ބާރުވެރިކަމަށް ބަލާއިރު ރާއްޖޭގެ ބޮޑުބާރެކެވެ. ތަސްމީނުގެ މައްޗަށް އަލީ ހުސެއިން ކާމިޔާބު  ކުރުމަކީ ގިނަ ބައެއްގެ ސަމާލުކަން މެމްބަރު އަލީ ހުސެއިންނަށް ހުއްޓުނު ކަމެކެވެ. އެބަދަލު ވެގެން ދިޔައީ ލެޖެންޑަރީ ބަދަލަކަށެވެ.

    މަޖިލީހުގެ މެންބަރަކީ ޒަމާނުއްސުރެ ގޮނޑި ހޫނުކުރަން އިންނަ ދާއިރާގެ ވެލްފެއަރ އޮފިސަރ ނުވަތަ ޕްރޮޖެކްޓް މެނޭޖަރ ގޮތުގައި އޮތް އޮތުން އަލީ ހުސައިން ބަދަލުކޮށް ލެއްވިއެވެ. އަހަރީ ބަޖެޓާއި ގާނޫނީ ބަހުސްތަކުގައި ރައްޔިތުންގެ އަޑު ހިއްޕާލެއްވިއެވެ. ގައުމީ ކަންކަމުގައި އަޑު ހަރުކޮށް ބަސް ބުނުމާއި އިންސާފާއި ހަމަހަމަ ކަމަށް ވަކާލާތުކޮށް ގިނަ އަދަދެއްގެ ބައެއްގެ ލޯތްބާއި ތާއިދު އަލީ ހުސެއިން ހޯއްދެވިއެވެ.

    ނަތީޖާއެއްގެ ގޮތުން 2018 ގެ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހް ގެ ރަނިންގ މޭޓަކަށް ވުމާގާތަށް އަލީ ހުސައިންގެ މަގުބޫލުކަން އުފުލިގެން ދިޔައެވެ. އެންމެ ވޯޓެއްގެ ފަރަގުން ރަނިން މޭޓްކަން ގެއްލުނަސް ކާމިޔާބު ކުރެއްވި ވާދަވެރިޔާގެ ފަހަތްޕުޅައް އަރާ އިބޫފައިސަލްގެ ކެންޕޭނުގައި އެންމެ އިންޗިއެއްވެސް އަލީ ހުސައިން ފަހަށް ނުޖެހެއެވެ. އެހެން ކަމުން އަލީ ހުސައިންގެ ސާބިތުކަމާއި ގައުމު އިސްކުރުމުގެ ކެރުންތެރިކަމަށް އެންމެންހެން ސެލިއުޓް ކުރިއެވެ. 

    2014 އިން 2018އަށް ރާއްޖޭގެ ސިޔާސީ ހަމަ ޖެހުން ގެއްލިގޮސް ސިޔާސީ އެތައް ބަޔަކު ތިބީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. އަނިޔާވެރި ކަމާއެކު ކުއްލި ނުރައްކަލުގެ ހާލަތަށް އޭރުއޮތް ސަރުކާރުން ގައުމު ވައްޓާލުމުން ޖެހިލުމެއް ނެތި ހައްގު ބަސް ބުނަން ފުރަތަމަ ނިކުތް މަދު މީހުންގެ ތެރޭން އެކަކީ އަލީ ހުސައިންއެވެ. ހަމަޔާއި އިންސާފަށް އެންމެ ބާރަށް ވަކާލާތު ކުރި އެއް މެމްބަރަކީ އަލީ ހުސެއިންކަން ތާރީހު ހެކިވާނެއެވެ.

    މަޖިލީހުގައި ރައްޔިތުންގެ ލާބަޔަށް ލީ އެއްވެސް ވޯޓަކުން މެމްބަރު އަލީ ހުސެއިން ބަރީއަ ވެފައެއް ނުވެއެވެ. ބަސް ބުނަން ޖެހުނު އެއްވެސް ވަގުތެއްގައި ބަސް ނުބުނެ ދޫކޮށްލާފައެއް ނެތެވެ. ރައްޔިތުންގެ ހައްގުގައި ދެ ދައުރު ބަޓަނަށް ފިތީ މިނިވަންކަމާއި ސާބިތުކަމާއި އެކު ވަކިފަރާތަކަށް ނުޖެހި ގައުމު އިސްކޮށްގެނެވެ.

    ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ފަސް އަހަރަށް އަލީ ހުސެއިން ކުރިމަތި ލަނީ  3 ވަނަ ދައުރަކަށެވެ. ސާފު ރެކޯޑަކާއި ޝަރަފްވެރި ތާރީހަކާއި އެކުގައެވެ. މަޖިލީހުގައި ތިމަންނަމެން ތަމްސީލު ކުރާ މެމްބަރަކީ ނަމޫނާ މެމްބަރެކޭ ބުނެ ކެންދޫ ދާއިރާގެ ކޮންމެ ރައްޔިތަކަށް ފަހުރުވެރި ކަމާއި އެކު މޭގައި އަތް ޖަހާލެވޭނެއެވެ. ރަނގަޅު އެއްޗެއް އަތުގައި އޮވެ ގިނަދުވަސް ވުމަކުން ބަދަލުކުރަން ހެޔޮ ނުވާނެއެވެ. ޓެސްޓްކޮށް ކަށަވަރު ކުރެވިފައި އޮތް ރަނގަޅު ގޮތް އޮއްވާ ޓެސްޓަކަށް ބަދަލެއް ކޮށްލުން ހެޔޮނުވާނެވެ. ޓެސްޓަށް ބަދަލު ކުރެވޭ ކުރުމުގެ ހިތި ތަޖުރިބާ އަބަދުމެ ދިވެހިން މިތިބެނީ ކޮށްކޮށެވެ. 

    ]]>
    Thu, 18 Apr 2024 15:41:12 +0500 ނިއުސް ޑެސްކް
    ކުރަންވާކަމެއް ޝަހީދު ފަސްނުޖެހި ކުރާނެ: އަލިކަތީބު https://heerasnews.com/2407 https://heerasnews.com/2407 ކެނދިކުޅުދޫ ދާއިރާގެ ހެވާ ލާބަ ގުޅިފައިވަނީ އެމްޑީޕީއާއެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ އެމްޑީޕީ މެންބަރާއެވެ. ކެނދިކުޅުދޫ ދާއިރާގެ ތަރައްގީއާއި ފުދުންތެރިކަމާއި ރައްޔިތުންގެ ބާރުވެރިކަން ގުޅިލާމެހިފައިވަނީ އެމްޑީޕީއާއެވެ. ދާއިރާގެ އެއްވެސް ރައްޔިތެއް ބާކީ ނުކޮށް މިސްރާބު ހަމަމަގުގައި ހިފެހެއްޓުމަށް ރައްޔިތުންގެ މަޖިލީސް އެމްޑީޕީއަށް ހޯދާދިނުމަށްވުރެ ވަކީން މުހިންމު ކަމެއް ރައްޔިތުންނަކަށް ނެތެވެ. ގޮށްމުށުގެބާރާއި އިސްރާފްގެ މަގަށް ސަރުކާރު ވެއްޓިގެން ދިޔަ ނުދިނުމަށްޓަކާ ފާރަވެރިވާ މަޖިލީހެއް އޮތުމުގެ ބޭނުން ބޮޑެވެ. 

    މިސްރާބު ހަމަ މަގަށް ސީދަކުރުމުގައި ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަންދޫބަކީ ހީވާގި ކަމަށް ކަމޭހިތާ އިހުލާސްތެރިއަކަށް ވުމުގެ މުހިންމުކަން ވަކީން ބޮޑެވެ. ކެނދިކުޅުދޫ ދާއިރާގެ މަންދޫބުގެ ގޮތުގައި މަޖިލީހަށް ފޮނުވުމަށް އެންމެ އެކަށީގެންވަނީ ހުރިހާ ފިކުރެއްގެ މީހުން އިތުބާރުކުރާ ބަލައިގަންނަ މީހަކަށް ވާންޖެހެއެވެ. ކަމަށްކަމޭހިތާ އިހުލާސްތެރި ތެދުވެރިއަކަށް ވާންޖެހެއެވެ. ގުޅިގެން މަސައްކަތް ކުރެވޭނެ ތަޖުރިބާ ކާރު މީހަކަށް ވާން ޖެހެއެވެ. 

    20ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެނދިކުޅުދޫ ދާއިރާ ތަމްސީލުކުރަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުއްލާ ޝަހީދަށް ވުރެ ވަކީން ރަނގަޅު މީހަކު ރޭހުގައި ވާދައެއް ނުކުރެއެވެ. އެކަން ސާބިތުވަނީ ދާއިރާގެ ތަޖުރިބާކާރު ހިދުމަތްތެރި ބޭބޭފުޅުންގެ ބަހުންނެވެ. 

    ނ. އަތޮޅު ކައުންސިލްގެ ރައީސް ކަންކުރައްވާފައިވާ ކެނދިކުޅުދޫ އަލި ކަތީބު ވިދާޅުވަނީ " ޝަހީދަކީ އަޅުގަނޑު ތާއީދު ކުރާ ފަޅީގެ ކެންޑިޑޭޓެއް ނޫން. އެހެންނަމަވެސް އޭނަގެ ކެޕޭސިޓީގައި އޭނައަކީ ހަމަ ރަނގަޅު ކުއްޖެއް" ކަމަށް ވިދާޅުވެ ނިންމަވާ ލެއްވީއެއް ނޫނެވެ. "ހިދުމަތެއް ސިފާގަ ކުރެވެން އޮތް ކަމެއްގައި އެކަމެއް ފޯރުކޮށްދިނުމަށް އޭނާ މަސައްކަތް ކޮށްދޭނެ" ކަމުގެ ޔަގީކަން އަލިކަތީބަށް އޮވެއެވެ. އަލި ކަތީބު ވިދާޅުވާގޮތުން ޝަހީދަކީ މީހުނާ ޖޭވުމެއް ހަސަދަވެރި ކަމެއް ލައިގެން އުޅޭ ޒާތުގެ ކުއްޖެއްނޫނެވެ. ކަމެއް ކުރުމަށް މާބޮޑު ކްރައުޑެއް ފަހަތުގަ ނެތަސް ކުރަންވާކަމެއް ޝަހީދު ފަސްނުޖެހި ކުރާނެއެވެ.

    ސިޔާސީ ގޮތުން ޝަހީދަށް ތާއީދު ނުކުރައްވާ އަލި ކަތީބު ފަދަ ބޭފުޅުންގެ އިތުބާރާއި ޔަގީންކަން ޝަހީދާމެދު އެބަ އޮތެވެ. އެހެންވީއިރު ދާއިރާގެ މެންބަރުކަމަށް ޝަހީދު ހޮވުމަށް ރައްޔިތުން ފަސްނުޖެހޭނެކަން ކަށަވަރުވެއެވެ.

    ކެނދިކުޅުދޫ ދައިރާގެ މެންބަރު އަހުމަދު އީސާގެ އިތުބާރާއި ތާއީދު ހިފެހެއްޓުމެއް ނެތި ޝަހީދަށް ލިބެމުން ދިއުމަކީ ޝަހީދަކީ ކުރިއަށް އޮތް ފަސް އަހަރަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަމަށް ޝަހީދު ވަރެއްނެތް ކަމަށް ގަބޫލު ކުރަންޖެހޭ ސަބަބެކެވެ. 

    މެންބަރު އަހުމަދު އީސާ (އީސަ) ވިދާޅުވާ ގޮތުން ޝަހީދަކީ އެންމެ ގާބިލު ކެންޑިޑޭޓްކަން ކަށަވަރުވަނީ ކުޑަ މިންވަރެއްގެވެސް ނުފޫޒެއް ނެތި ބޭއްވުނު މިނިވަން ޕްރައިމަރީއަކުން ތަފާތު ބޮޑު ނަތީޖާއަކުން ޕްރައިމަރީ ޝަހީދު ކާމިޔާބު ކުރެއްވި ކުރެއްވުމެވެ. މިވަގުތު ދާއިރާގައި ހުރި އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ޝަހީދުކަމަށް އެ ނަތީޖާއިން އެމްޑީޕީ މެންބަރުން ގަބޫލު ކޮށްފައި ވާކަމަށް މެންބަރު އަހުމަދު އީސާ ވިދާޅުވިއެވެ. 

    " ސިޔާސީގޮތުން ޝަހީދު ދަންނަތާ 15 ވަރަކަށް އަހަރު. ޝަހީދަކީ ރައްޔިތުން އިންތިހާބު ކުރައްވައިގެން އަތޮޅުކައުންސިލްގެ މެންބަރުކަންކުރެއްވުމުގެ އިތުރަށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި 5 އަހަރު ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް" ކަމަށްވެސް އީސަ ވިދާޅުވިއެވެ. "ޝަހީދަކީ ދީނީ ކަންކަމަށް ވަރަށް ލޯބިކުރާ  އަހުލާގުރަނގަޅު މަޑުމައިތިރި އިހުލާސްތެރި ތެދުވެރި ބޭފުޅެއް." ކަމަށް ވިދާޅުވަމުން އީސަ ވިދާޅުވީ " ކެނދިކުޅުދޫ ދާއިރާގައި ވަރަށް ރަނގަޅު ޒުވާން ހަތަރުފަސް ކުއްޖަކު އަޅުގަނޑާއެކު ސިޔާސީ މަސައްކަތްކުރި. އޭގެތެރެއިންވެސް ޝަހީދަކީ ވަރަށް ފާހަގަކޮށްލެވޭ ކުއްޖެއް" ކަމަށެވެ. 

    ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އަބްދުއްލާ ޝަހީދަކީ ދެވަނަ މިސާލެއްނެތް ފަދަ ކެންޑިޑޭޓެކެވެ. ޝަހީދާމެދު އިތުބާރާއި ޔަގީންކަން އޮތީ ހަމައެކަނި ދާއިރާގެ މެންބަރާއި ހަރުމީހުންގެ އެކަންޏެއް ނޫނެވެ. ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ ގިނަބައެއްގެ އިތުބާރާއި ލޯބި ޝަހީދަށް އެބައޮތެވެ. 

    " ވޭތުވެދިޔަ 5 އަހަރު ޝަހީދާ ހަވާލުކުރެވުނު ދާއިރާގެ އެއްވެސް ކަމެއްގަ ފަރުވާ ކުޑަކުރައްވާފައެއް ނުވޭ" ކެދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ " ޝަހީދާ ހަވާލު ކުރެވުނު ދައިރާއާއި ރަށުގެ ކޮންމެ ކަމެއް ކުރައްވަފައިވަނީ ވަރަށް ރަގަޅަށް 100 ޕަސެންޓް ދީގެން. ޝަހީދަކީ ވަރަށް ޑެޑިކޭޓެޑް ބޭފުޅެއް" ކަމަށެވެ. " ދައިރާގެ ކަމެއްގައި ވިޔަސް ރަށުގެ ކަމެއްގައި ވިޔަސް ވަކިވަކި ފަރުދުންނާ ގުޅުން ހުރި ކަމެއްގައި ވިޔަސް ޝަހީދު ކުރަންޖެހޭ ކަމެއް ނުކުރެވިގެން ކަމެއް ނުވެފައެއް ނެތް" ކަމަށް އެހެން ބޭފުޅަކު ވިދާޅުވިއެވެ.

    ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް " ޝަހީދުގެ މާޒީއަށް ބަލާއިރު ޝަހީދުގެ ފުށުން ހިޔާނާތާ ފަސާދައާ މަކަރާ ހީލަތުގެ އެއްވެސް ކަމެއް ފެނިފައެއްނުވޭ." އަދި " ކިތަންމެ މަތީ މަގާމެއް ލިބުނަސް ހިޔާނާތާ ފަސާދައިގެ ތެރެއަށް ނުދާނެ ކަމަށް ޔަގީން ކުރެވޭ." ކަމަށް ދާއިރާގެ ވިސްނުންތެރި ރައްޔިތަކު ވިދާޅުވިއެވެ. ޝަހީދަކީ ހަލާލު މަސައްކަތުން ރިޒުގު ހޯދައިގެން ދިރިއުޅެމުންދާ ބޭފުޅެއް ކަމަށާއި އެއްވެސް މީހަކަށް ޝަހީދު މަކަރާ ހީލަތެއް ހަދާފައިވާ ކަމަކަށް ދުވަހަކުވެސް އިވިފައި ނުވާކަމަށް ދާއިރާގެ އެހެން މީހަކު ބުންޏެވެ. އަނެއްކޮޅުން "ދިނާ ގާނޫނާ ހިލާފް ނުވާ ކޮންމެ ކަމެއްގާ ރައްޔިތުންނާ ޕާޓީއަށް ވަފާތެރިވާނެ" ކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ އެކްޓިވިސްޓަކު ބުންޏެވެ. 

    ޝަހީދު ރަނގަޅަށް ދަންނަ މީހަކު ބުނިގޮތުގައި ޝަހީދަކީ ފަސްވަގުތު ނަމާދަށް ވަރަށް ބޮޑަށް ރައްކާތެރިވާ ބޭފުޅެއް ކަމަށެވެ. ވޭތުވެދިޔަ ތާނގައި ކެނދިކުޅުދޫ ދާއިރާގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި ދާއިރާގެ އެމްޑީޕީ ބޭފުޅަކު ވިދާޅުވީ " އީސަ ( މެންބަރ އަހުމަދު އީސާ) އަކީ ކެނދިކުޅުދޫ ދާއިރާގެ ތަރައްގީގެ ހީރޯ. އީސަ ނެތުމުގެ އުނިކަން ފޫބެއްދުމަކީ އެމްޑީޕީއާއި ދާއިރާއަށް އުނދަގޫވާނެ ކަމެއް. އެހެންނަމަވެސް ދާއިރާގެ ތަރައްގީއާއި އާއްމު ރައްޔިތުންގެ ކަންކަމުގައި ވޭތުވެދިޔަ ފަސްއަހަރު އީސަ ކުރެއްވި ކޮންމެ ކަމެއްގާ އީސަ އަރިހުގާ ޝަހީދު ހުންނެވި. އެހެން ކަމުން އީސަ ކަންކުރެއްވިގޮތާ ކަންކަން ކުރެއްވުމުގައި އީސަ ވިސްނަވާ ގޮތާއި އަމަލުކުރައްވާ ގޮތް އެންމެ ރަނަޅަށް އެގިގެން ކުރިއަށް ދެވޭނެ މީހަކީ ޝަހީދު" ކަމަށެވެ.

    ]]>
    Thu, 18 Apr 2024 11:09:53 +0500 ނިއުސް ޑެސްކް
    ހިތާދޫ މީހުނަށް ފެންލިބުނަސް ނުލިބުނަސް މުއިއްޒަށް ވަރިހަމަ! https://heerasnews.com/2406 https://heerasnews.com/2406 އެމްޑީޕީގެ ވެރިކަމުގައި ކުޑަރަށެއް ބޮޑުރަށެއް ނުބަލާ އަސާސީ ހިދުމަތް ގާއިމުކޮށް ދިނުމުގެ މަސައްކަތް ވަނީ ވަރަށް ބާރަށް ކުރިއަށް ގެންގޮސްފައެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ނެތް ހުރިހާ ރަށެއްގައި ހިދުމަތް ގާއިމުކުރަން އެމްޑީޕީގެ ވެރިކަމުގައި ވަނީ ފަށާފައެވެ.

    އެމްޑީޕީ ވެރިކަމުގެ ފަސް އަހަރު ނިމުނު އިރު ގިނަރަށް ތަކެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމް ގާއިމުކޮށް ނިންމާ ހިދުމަތް ދޭން ވަނީ ފަށާފައެވެ. މަސައްކަތް ފަށާ ނުނިމިހުރި ގިނަ ރަށްރަށުގައި ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައެއް ވަނީކޮށް ނިމިފައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުމާއެކު އެކަމެއް އެހުރި ހިސާބަކަށް ވަނީ ހުއްޓިފައެވެ. މަދު ތަނެއްގައި އަލުން މަސައްކަތް ފެށިކަމަށް މި ސަރުކާރުން ދެއްކިޔަސް އެއްވެސް ކަމެއް ރަނގަޅަށް ކުރިއަކަށް ނުކަނޑައެވެ. އެހެންނަމަ ބ. ހިތާދޫގައި ފެނުގެ ހިދުމަތް ލިބުނީހެވެ.

    ރައީސް މުއިއްޒު ވެރިކަމަށް އެރުމާއެކު އަސާސީ ހިދުމަތުން މަހުރޫމްވުމުގެ ބިރު އެންމެ ބޮޑަށް އޮތް އެއް ރަށަކީ ބ. ހިތާދޫއެވެ. ބަނދަރުގެ މަސައްކަތް ހުއްޓި އަލުން މަސައްކަތް ފެށޭނެ ދުވަހެއްގެ ކޮޅެއް މެދެއް ނޭގެއެވެ. އެމްޓީސީސީން ކުރުމަށް ހަވާލުވެފައިވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ކުރީ ސަރުކާރުން އަޅާފައިވާ ފުޓްސަލް ދަނޑުގެ މަރާމާތަށް ނުލާހިކު ބޮޑަށް ބޭނުންވެފައި އޮތަސް އެވަރުގެ ކަމެއްވެސް މިސަރުކާރުން ކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ. 

    ނަސީބު ރަނގަޅުކަމުން ރައީސް ސޯލިހުގެ ވެރިކަމުގައި ނަރުދަމާ ނިޒާމް ގާއިމުކޮށް ހިދުމަތް ވަނީ ދޭންފަށާފައެވެ. ގޭގޭގެ ސެޕްޓިކް ޓޭންކްތައް ފުރިގެން ބޮޑު ހަރަދުކޮށްގެން ނަޖިސް ވަޅުގަނޑުތައް ސާފުކުރަން އުޅުނު ޒަމާން ނަރުދަމަ ނިޒާމާއެކު މާޒީވެގެން ހިނގައްޖެއެވެ. ނަޖިހުން ތަގައްޔަރު ވަމުން ދިޔަ އަޑީފެން ތަގައްޔަރުވުން މުޅިން ހުއްޓުވައިފިއެވެ.

    ވާނީ އެހެންތާއެވެ. ރައްޔިތަކަށް ރަނގަޅެއް ވަނެ ކަމެއް އެމްޑީޕީން ނޫނީ ނުކުރާނެއެވެ. އެމްޑީޕީއަށް ރައްޔިތުންގެ އިހުސާސް އެނގެއެވެ. ރައްޔިތުމީހާއަށް ލުއިފަސޭހަކަމާ ތަނަވަސްކަން ހޯދާދިނުމުގެ ފިކުރަކީ އެމްޑީޕީ ފިކުރެވެ. ރައްޔިތުން އަބަދުވެސް ތިބެންވީ އެމްޑީޕީއާ އެކުގައެވެ.

    ހިތާދޫ ފެނުގެ ނިޒާމްގެ ހުރިހާ ކަމެއްހެން ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ ކޮށްނިމިފައެވެ. ރަށުތެރޭގައި ފެންހޮޅި އަޅާ އާރޯ ޕްލާންޓް ބަހައްޓާ ތާނގީތައް ވަނީ ބަހައްޓާ ނިންމާފައެވެ. ގޭގެއަށް ފެންހޮޅިވައްދާ މީޓަރާއި އިސްކުރު ބަހައްޓާވެސް ވަނީ ނިމިފައެވެ. ތާނގީތަކަށް ފެންއަޅާ ޓެސްޓްކޮށް ހިދުމަތް ދެވޭ ވަރަށް ހިތާދޫ ފެނުގެ ނިޒާމް ވަނީ ނިމިފައެވެ. 

    ރައީސް މުއިއްޒުވެރި ކަމަށް އިސްވެ މިހާދުވަސް ވީއިރުވެސް މަސައްކަތްކުރި ފަރާތުން މަސައްކަތް ނިންމުމުންވެސް ހިތާދޫ ފެނުގެނިޒާމާ ސަރުކާރުން ހަވާލުވެ ހިދުމަތް ދޭނެ އަވައްޖެއް ސަރުކާރަށް ވެވުނު ކަމަކަށް ނުވިއެވެ. ހިތާދޫ ފެނުގެ ނިޒާމާ ސަރުކާރުން ހަވާލުވެ ހިދުމަތް ނުދީ އޮތުމުން ރައްކާތެރި ފެނުގެ ހިދުމަތުން ހިތާދޫ ރައްޔިތުން އަދިވެސް ތިބީ މަހުރޫމުވެފައެވެ. ހިތާދޫ ރައްޔިތުން ފެނުން މަހުރޫމުވެފައި ތިއްބަސް ރައީސް މުއިއްޒު ހުންނަވަނީ ޗައިނާ ސުވަރުގޭ ފެނުން ފޯވެގެން ވިއްޔާއެވެ. ހިތާދޫ ރައްޔިތުން ފެންބުއިއްޔާ ނުބުއިއްޔާ މުއިއްޒަށް ކީއްހޭ ބުނާކަހަލައެވެ. 

    ]]>
    Wed, 17 Apr 2024 15:23:54 +0500 ނިއުސް ޑެސްކް
    ދުބާއީ ފެނުއަޑީގައި! https://heerasnews.com/2405 https://heerasnews.com/2405 ގަޑިއެއްހާއިރު ތެރޭގައި އަހަރަކަށް ވުރެ ގިނަ ދުވަހުގެ ވާރޭ ވެހި، ދުބާއީގައި ފެންބޮޑުވެ ފެނުގެ ތެރެއަށް ގަރަގުވެއްޖެއެވެ.

    ހޯމަ ދުވަހުގެ ރޭ ދަންވަރު ކުރަން ފެށި ވިއްސާރައިގައި، ދުބާއީގެ މަގުތައް ފެންބޮޑުވެގެން ގޮސް ގާތްގަނޑަކަށް 20 މިލިމީޓަރު (0.79 އިންޗި) ވާރޭ ވެހިފައިވާ ކަމަށް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން އެއްކުރި މޫސުމާ ބެހޭ ތަފާސް ހިސާބުތަކުން ދައްކައެވެ.

    މި ވިއްސާރައިގައި ދުނިޔޭގެ އެންމެ ބިޒީ އަދި ދިގު ދަތުރުފަތުރުގެ ކުންފުނި އެމިރޭޓްސްގެ ހަބެއް ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުވެސް ފެންބޮޑުވެފައި ވާއިރު، އެވްރެޖްކޮށް އަހަރަކު 94.7 މިލިމީޓަރު (3.73 އިންޗި) ގެ ވާރޭ ވެހޭ ދުބާއީއަށް އަންގާރަ ދުވަސް ނިމުނުއިރު 142 އެމްއެމް (5.59 އިންޗި)ގެ ވާރޭ ވަނީ ވެހިފައެވެ.

    އެއާޕޯޓުގައި މަތިންދާބޯޓުތައް ޖެއްސުމަށާއި ޓެކްސީވޭ ތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޓާމިނަލްތަކަށް ދިއުމަށް ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށްވެއެވެ.

    އެމިރޭޓްސް އިން ބުނީ ބުދަ ދުވަހުގެ ހެނދުނު 8 އިން ރޭގަނޑު ދަންވަރުގެ ނިޔަލަށް ދުބާއީ އިންޓަނޭޝަނަލް އިން ފަސިންޖަރުން ޗެކިން ކުރުން މެދުކަނޑާލާފައިވާ ކަމަށާއި މެދުކެނޑުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން އެއަރޕޯޓް އޮޕަރޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.

    ]]>
    Wed, 17 Apr 2024 13:17:21 +0500 ނިއުސް ޑެސްކް
    ބޮޑު ދެޕާޓީގެ ކުރިއަށް ޑރ. އިކްލީލު https://heerasnews.com/2404 https://heerasnews.com/2404 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް އެންމެ ތިން ދުވަހަށްވީއެވެ. ކެންޕޭނުގެ ފޯރި އެއްވާނަކަށް މުޅި ރާއްޖޭގައި އޮތީ ހިފާލާފައެވެ. ނަތީޖާ އަންނާނެ ކަމަށް ލަފާކުރެވޭ ޕޯލުތަކާ ހިޔާލު ހޯދުމަށް ތަފާތު ސާވޭތައް އެކިފަރާތް ތަކުން ދަނީ ހަދަމުންނެވެ. މުޅި ރައްޖެއާއި އެކި އެކި ދާއިރާތަކުގައެވެ. 

    އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވީ އިންތިހާބީ 87 ދާއިރާ އިންނެވެ. ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާ އިންތިހާބީ ދާއިރާ ވަނީ 93އަށް ބަދަލުވެފައެވެ. އަލަށް އުފެދުނު ދާއިރާ ތަކުގެ ތެރެއިން ބ. އަތޮޅު ހިތާދޫ ދާއިރާ ފާހަގަ ކޮށްލެވެއެވެ. 

    ހިތާދޫ ދާއިރާގައި ހިމެނެނީ 3 ރަށެވެ. ހިތާދޫ، ދަރަވަންދޫ، މާޅޮހެވެ. ހިތާދޫ ދާއިރާއަށް ވޯޓްލުމަށް ހައްގު ލިބިގެންވަނީ 2401 މީހުންނެވެ. ދަރަވަންދޫގައި 875 މީހުންނެވެ. މާޅޮސްގައި 526 މީހުންނަށް ހައްގު ލިބިފައިވެއެވެ. ހިތާދޫގައި ވޯޓުލެވޭ ތިބެނީ 1000 މީހުންނެވެ. 

    ހިތާދޫ ދާއިރާގެ މެންބަރު ކަމަށް 5 މީހުން ވާދަކުރެއެވެ. ވާދަކުރާ ކެންޑިޑޭޓުންނަކީ:-

    1. މުހައްމަދު ޝިރުހާން  ޕީއެންސީ
    2. ޝަރީފާ ސައީދު  އަމިއްލަ ( ޕީއެންއެފް)
    3. ޑރ. އިކްލީލު ޝަރީފް  އަމިއްލަ
    4. ޒީބާ އަޠާ މުހައްމަދު  އަމިއްލަ
    5. އާޔަތުއްލާ ހުސައިން  އެމްޑީޕީ 

    ފަސް ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު ޝިރުހާނާއި ޝަރީފާ ސައީދާއި ޑރ. އިކްލީލު ޝަރީފް އަކީ ޕީއެންސީ ޕްރައިމަރީގައި ޕާޓީ ޓިކެޓަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުންނެވެ. ޕްރައިމަރީގައި ވާދަކުރައްވާ ޕީއެންސީ ޓިކެޓް ހޯއްދެވީ މުހައްމަދު ޝިރުހާނެވެ. ޑރ. އިކްލީލަށް ލިބިވަޑައިގަތީ އެ ޕްރައިމަރީން އެންމެ ފުލެވެ. 

    މަޖިލިސް ކެންޕޭނު ފެށިގެން މިހާ ހިސާބަށް އައުމާ ހަމައަށް ޖަހާ ހުރިހާ ހިސާބެއް ދައްކަނީ ބޮޑު ދެޕާޓީން ގޮނޑިއާ ކައިރިކުރާ ތަނެވެ. ޕާޓީއެއްގެ ޕްރައިމަރީން ބަލިވެއްޖެ މީހަކު އަމިއްލަ ގޮތުން ނިކުމެ ތަފާތެއް ދެއްކިފާ އޮންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މަހެއް ފަހާލާނެ މަހެއް ހުރެދާނެތާއެވެ. 

    ހިތާދޫ ދާއިރާއިން މިހާރު އެތަފާތު ފެންނަން ފަށައިފިއެވެ. ވޯޓުލުމަށް ތިން ދުވަހަށް ވެފައިވާއިރު ޕޯލުތަކުން ކުރި ހޯދަމުން ދަތަން ފެންނަނީ ޑރ. އިކްލީލް ޝަރީފެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވުރެވެސް ކުރީގައި ޑރ. އިކުލީލް އޮތްއިރު ޕީއެންސީގެ ކެންޑިޑޭޓް ދައްކަނީ ތިން ވަނައަށް ސޮއްސާލާފައި އޮތްތަނެވެ. 

    ހިތާދޫ ދާއިރާގައި އަމިއްލަ ޖަމާއަތެއް މެދުވެރިކޮށް ހީރަސް ނިއުސް އިން ހިންގި ހިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން މިވަގުތު ކުރީގައި އޮތީ ޑރ. އިކުލީލު ޝަރީފެވެ. އެމްޑީޕީ ކެންޑިޑޭޓް އާޔަތު ދާދިކައިރިން ދެވަނާގައި އޮތްއިރު ޕީއެންސީ ކެންޑިޑޭޓް ޝިރުހާނު އޮތީ ތަފާތު ބޮޑުކޮށް 3 ގައެވެ. ހަތަރެއް ފަހެއްގައި އޮތްކަމަށް ދައްކަނީ ޝަރީފާ ސައީދާއި ޒީބާއެވެ. 

    މި ސާވޭ ކޮށްދީފައި ވަނީ ސާވޭ ކުރުމުގެ ތަޖުރިބާ ލިބިފައިވާ އަމިއްލަ ޖަމާއަތަކުންނެވެ. ސާވޭކޮށްފައި ވަނީ ތިން މެތަޑަކަށެވެ. ސީދާ ސުވާލަށް ނުގޮސް ފޯކަސް ގްރޫޕް ތަކަށް ޓާގެޓްކޮށްގެންނާއި ފޯނުންނާއި ފޭސް ޓް ފޭސް ކޮށެވެ. ކުރެވު ސާވޭގެ ޖުމްލަ ނަތީޖާއަކީ:-

    • ހިތާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ: 
    1. މުހައްމަދު ޝިރުހާން %16
    2. ޝަރީފާ ސައީދު %10
    3. ޑރ. އިކްލީލު ޝަރީފް  %27
    4. ޒީބާ އަޠާ މުހައްމަދު %7
    5. އާޔަތުއްލާ ހުސައިން   %23
    6. ނޭނގެ           %17
    ]]>
    Wed, 17 Apr 2024 11:04:26 +0500 ނިއުސް ޑެސްކް
    ހޯރަ އިއްބެ މަރުވީ މިދިޔަ ހުކުރު ދުވަހަކުނޫން! https://heerasnews.com/2397 https://heerasnews.com/2397 ހޯރަ އިއްބެ ފުރަތަމަ ދެކެންފެށީ މ. ޑައިމަންޑްވެލީ ތެެރެއިންނެވެ. ދެމީހުންގެވެސް ޓީންއޭޖް ދުވަސްވަރެވެ. ޑައިމަންޑްވެލީއަކީ މުހައްމަދު ޝާހިދު ހަލީމްގެ ގެއެވެ. ތުއްތު ދޮންބެ (މުހައްމަދު ޝާހިދު ހަލީމްް) އޭރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ހޯރަފުށި ބޭކަނބަލެއް ކަމުގައިވާ ޒުހުރާއާއެވެ. ޒުހުރާއަކީ މަޝްހޫރު ހޯރަފުށީ އާދަމް ސަލީމްގެ ކޮއްކޮއެކެވެ. ހޯރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމް ކިޔަވާ ވިދާޅުވާން ހުންނެވީ ވެސް އެގޭގައެވެ. ސަލީމްބެ އާއިލާގެ ވަރަށްގިނަ ހޯރަފުށި ބޭފުޅުންނާ ވަރަށް ގިނައިން ދިމާވެ ރައްޓެހިކަމާ ގާތްކަން އުފެދުނެވެ. އިއްބެ އަކީވެސް އެއިގެ ތެރެއިން އެކެކެވެ. 

    އިއްބެ ކިޔަވަން މާލެފައިބާ އޭރުހުރީ މ.މަޑުލުގައެވެ. ކިޔަވަންދަނީ މައުހަދަށެވެ. އަޅުގަނޑު ކިޔަވަންދަނީ އެމްއީއެސްއަށް ކަމުން ސްކޫލުވެށީގައި އިއްބެއާ ގާތްކަމެއް އުފެދިފައި ނެތަސް ކޮންމެ ދުވަހަކުހެން ދިމާވާ ރައްޓެއްސެއް ކަމުން ތަފާތު ގާތް ކަމެއް އޭރުވެސް އޮތެވެ. 

    މަދަރުސީ ދައުރު ނިންމާ އަމަލީ މައިދާނަށް ނިކުތް ފަހުން އިއްބެ އުޅެނީ ކޮންތާކު ކީއްކުރަން ކަމެއް ނޭގެއެވެ. ދިމާނުވާތީއެވެ. މޯބައިލް ފަދަ ވަސީލަތްތައް އޭރު ނުހުންނާތީއެވެ.

    އެތައް އަހަރަކަށް ފަހު އިއްބެއާ ދިމާވަނީ 2003ގެ ފަހުކޮޅުއެވެ. މުއިއްޒު ސުއޫދު އެންޑް ކޯ ލޯފާމުންނެވެ. އޭރު އަޅުގަނޑު މަސައްކަތް ކުރަނީ އެ ލޯފާމްގައެވެ. ދުވަސްވަރަކީ އީވާނު ނަސީމުގެ މަރަށް ފަހު ސިޔާސީ އިސްލާހީ ހަރަކާތްތައް ފެށިގެން ހިނގައިގަތް ދުވަސްވަރެވެ. އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅޭ ގިނަބަޔަކު އޭރު އެލޯފާމަށް އައިސްގޮސް އުޅެއެވެ. 

    އަނެއްކޮޅުން އެ ލޯފާމުގެ ދެ ޕާޓްނަރުންކުރެ އުސްތާޒު އަހުމަދު މުއިއްޒަކީ ގާނޫނު އަސާސީ އިސްލާހުކުރަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ހއ. އަތޮޅުގެ އެއްމެންބަރެވެ. އެހެން ކަމުން މުއިއްޒު އަރިހަށް ވަރަށް ގިނައިން ހއ. އަތޮޅު ރައްޔިތުން އައިސްގޮސް އުޅެއެވެ. އެގޮތުންވެސް ހޯރަ އިއްބެއަކީ އެ ލޯފާމް ތެރޭގައި ނިކަން ގަދަ ފަހުލަވާނެކެވެ. މުއިއްޒާ ވަރަށް އަރިސް މީހެކެވެ.  

    ދުވަސްވަރަކީ ނޫސްމަޖައްލާ ރަޖިސްޓްރީ ކޮށްދޭ ދުވަސްވަރެއް ނޫނެވެ. އިސްލާހީ ހަރަކާތުގައި ނޫސްވެރިކަމަކީ މުހިއްމު ކަމެއްކަމުން މަޖައްލާއެއް ނެރުމުގެ ބޭނުން ބޮޑުވެ އައްޑުވަސް މަޖައްލާގެ %80 ހިއްސާ މުއިއްޒު ބައްލަވައިގަތެވެ. އައްޑުވަސް ބައްލަވައިގަތުމަށް ފަހު ފިލާ ބިލްޑިންގ2 ގެ ހަތްވަނަ ފަންގިފިލާގައި އައްޑުވަސް އޮފީސް ގާއިމުކޮށް އައްޑުވަހުގެ މެނޭޖިންގ އެޑިޓަރަކީ ހޯރަ އިއްބެ ކަމުގައި ހަމަޖެއްސެވިއެވެ. އިއްބެއާއެކު އެސޯސިއޭޓެޑް އެޑިޓަރ ކަމުގައި މަސައްކަތް ކުރީ އަޅުގަނޑެވެ. އަލްއުސްތާޒު ހުސްނުއްސުއޫދާއި މަޝްހޫރު ނޫސްވެރިޔާ އަބްދުލް މުހުސިނާއި އަބްދުލް ހަމީދު އަބްދުލްކަރީމް ފަދަ ބޭފުޅުން ގަވައިދުން އައްޑުވަހަށް ލިޔުއްވަމުން ގެންދެވިއެވެ. 

    ރަސްމީ އެޑިޓަރަކު ހުންނެވި ކަމަށްވިޔަސް މުޅި މަޖައްލާގެ ކޮންޓެންޓްގެ ފޯކަސް ހިފަހައްޓަވަމުން ގެންދެވީ ހޯރަ އިއްބެއެވެ. ވަކިވަކި އާޓިކަލްތައް ކޮންމެ މީހަކު ލިޔުނަސް މައިގަޑު ބޮޑެތި ރިޕޯޓްތައް އާއްމުކޮށް ލިޔެއުޅުނީ އިއްބެއާއި އަޅުގަނޑާ ދެމީހުން ލިޔާލިޔުމެއްގެ ގޮތުގައެވެ. 

    އިއްބެއަކީ ދިވެހިބަހުގެ ލިޔުންތެރި ކަމުގެ ރޮގުން މަޒާޖީ ގޮތްގޮތަށް ފުނަށް އަސަރުކުރާހެން ވައްބަހުން އިބާރާތްކުރަން އަޅުގަނޑު ދުށް އެންމެ މޮޅު މީހާއެވެ. ގާނޫނީ ބަނދެވުމެއް ނެތި އެންމެ މޮޅަށް ލިޔުމުން ސިޔާސީ ފާޑުކިޔުން ތެރިޔާއެވެ. 

    އިސްލާހީ ހަރާކާތް ފެށިގެން އައި އިރު އޮންލައިންކޮށް ނެރުނު ދިވެހި އޮބްޒާވަރ (ޑީއޯ) ގައި މަސްހޫރު ކަރުސަތުނަމާގެ ގިނަ ލިޔުންތަކަކީ އިއްބެގެ ލިޔުންކަން ފަހުން އެނގުނެވެ. އަޅުގަނޑަކީވެސް ހިސާބަކަށް ޑީއޯއަށް ލިޔުނު މީހެއްކަމުން އެކަން އެނގޭވަރުވީއެވެ. އިއްބެއަކީ މިނިވަން ނޫހަށް ވެސް ގިނަ އަދަދަކަށް ލިޔުއްވި ލިޔުންތެރިއެކެވެ. 

    ދުންފިނި ހަރުގެ ރޫޅާލުމާ ގުޅިގެން މަގުތަކުގައި ޖެހުނު މުޒާހަރާތަކާ ގުޅިގެން ޖަލަށްލީ މީހުންގެ ތެރޭގައި ހޯރަ އިއްބެ ހިމެނުނެވެ. އެފަހަރު ޖަލުގައި ތަހައްމަލުކުރި ކަންކަމާއި އަލްކަޓްރަސްގެ އަނިޔާވެރިކަމާ ބިރުވެރި ކަމުގެ ވާހަކަ ކަރުދާހަށް ގެނެސް އައްޑުވަހުގައި ޝާއިއުކުރެއްވި ގޮތުން ލިޔުމުން ކަންކަން ސިފަކޮށް ދިނުމުގައިވެސް އިއްބެގެ ކުޅަދާނަކަން ތަޖުރިބާކުރެވުނެވެ. 

    ދެން އޮތީ އެހެން ވާހަކައެކެވެ. އައްޑުވަހުގައި އިއްބެއާއެކު މަސައްކަތް ކުރަމުން ދަނިކޮށް އިއްބެގެ އަލަތު އަނބިމީހާ ކެންސަރަށް ފަރުވާ ކުރުމަށް ޓްރިވެންޑްރަމްގައި ހުންނަވަނިކޮށް އަޅުގަނޑުވެސް އަންހެނުނަށް ބޭސް ފަރުވާއަކަށް ދާންޖެހުނެވެ. އެ ހުތޫރަތްތެރި ވަގުތުވެސް އިސްލާހީ މަސައްކަތަކާ އިއްބެ ފެޔަކަށް ނުޖެހެއެވެ. ގަވައިދުން މިނިވަން ރޭޑިއޯގެ ޕްރޮގްރާމްތައް ތައްޔާރު ކުރައްވަމުން ދިޔައެވެ. އެކަމުގައި އިއްބެއާއި އެކު އަޅުގަނޑާއި ފަރެސްމާތޮޑާ އަސްލަމް (ފަހުން މިނިސްޓަރ އަސްލަމް) ބައިވެރިވެގެން އުޅުނީމެވެ. އަސްލަމް ވެސް އޭރު ހުންނެވީ ބައްޕާފުޅަށް ބޭސްކުރެއްވުމަށް ޓްރިވެންޑްރަމްގައެވެ. 

    ހޯރަ އިއްބެގެ ސާބިތުކަމާއި ކެރުމާއި ކަމަށް ކަމޭހިތުމާއި ނަތީޖާނެރުމަށް ހިތާ ރޫހުން ހުސްވެ ހުންނަ ހުރުމާ ގުޅޭ މިކަހަލަ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ލިޔަން ވެއްޖެނަމަ ކޮޅުންނުލާނެއެވެ.

    ހީރަސް ނިއުސް އުފައްދާ ދެމެހެއްޓުމުގައި އަޅުގަނޑަށް އެންމެ އެހީތެރި ބައިވެރިއަކީ ހޯރަ އިއްބެއެވެ. ހީރަސް ނިއުސް މިހިސާބަށް އައުމަށް އެހީތެރިވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދެއްވީ ހޯރަ އިއްބެއެވެ. އިއްބެގެ މޮޅު ލިޔުއްވުން ތަކުގެ ސަބަބުންވެސް ކުރު މުއްދަތެއްގެ ތެރޭގައި ހީރަސް ނިއުސްގެ މަގުބޫލުކަން ބޮޑުތަނުން ބޮޑުވެގެން ގޮސްފައިވެއެވެ. އިއްބެ ނެތުމުގެ ގެއްލުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.

    ހަގީގަތުގައި އިއްބެ މަރުވީ މިދިޔަ ހުކުރު ދުވަހަކު ނޫނެވެ. އޭގެ މާކުރިންނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު އެމްޑީޕީގެ ދޫ ބަންދުކޮށްލުމުގެ ބޭނުމުގައި ފްރޭމްކޮށްގެން ސިޔާސީ ގޮތުން އެފަކީރުގެ އަބުރުކަތިލާލި ހިސާބުން ހޯރަ އިއްބެ މަރުވެއްޖެއެވެ. ދިރިހުއްޓަސް މަރުވެފައިވާ އިއްބެ ލޯބިވެތި ދެދަރިންނާއި ވަފާތެރި އަންބަކު ދޫކޮށް 12 އެޕްރީލް 2024 ވީ ހުކުރު ދުވަހު ދުނިޔެ ދޫކުރީއެވެ. އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.  

    ]]>
    Tue, 16 Apr 2024 14:25:02 +0500 ނިއުސް ޑެސްކް
    މާރޗް މަހު ފަށަންބުނި ހިތާދޫ ބަނދަރު ނިންމުން ތޮޅިއަށް! https://heerasnews.com/2403 https://heerasnews.com/2403 ރައީސް ސޯލިހުގެ ވެރިކަމުގައި ރަށްރަށުގެ ރައްޔިތުންގެ ހެވާ ލާބައަށް ފަށައިގެން ކުރިއަށް ގެންދިޔަ ގިނަ ޕްރޮޖެކްޓް ރައީސް މުއިއްޒު ވަނީ ހުއްޓާ ލައްވާފައެވެ. ހުއްޓިފައިވާ ގިނަ މަޝްރޫއު ތަކަކީ ނުނިމި އޮންނަ ކޮންމެ ދުވަހަކު އެތައް ބޮޑެތި ގެއްލުމެއް ސަރުކާރާއި ރައްޔިތުންނަށް ލިބެމުންދާ މަޝްރޫއު ތަކެކެވެ. 

    ރައީސް މުއިއްޒު ވެރިކަމަށް އައިރު ބ. ހިތާދޫ ފަޅުހެދުމުގެ %75 މަސައްކަތް އޮތީ ނިމިފައެވެ. މުއިއްޒުގެ ވެރިކަމާއެކު މަސައްކަތް ހުއްޓި ވަނީ ތަންހަރުވެފައެވެ. މަސައްކަތް ހުއްޓިފައި އޮތުމުން ކުރެވިފައިވާ މަސައްކަތަކީ ނުކުރާ މަސައްކަތަކަށް ވާހިސާބަށް ގޯސްވެ ހަލާކުވަމުން ދާތީ ހިތާދޫ ރައްޔިތުން އެކި ގޮތް ގޮތުން ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރިއެވެ. އެހެން ނަމަވެސް ސަރުކާރުން ކަހާތަން ހިރުވާވެސް ނުލައެވެ. 

    ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވުމުން ހުއްޓިފައިވާ އޮތް ހިތާދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުސްވި މާރޗް މަހު އަލުން ފަށާނެކަމަށް މުއިއްޒު ސަރުކާރުން ވަނީ ބުނެފައެވެ. މާރޗް މަސް ހުސްވެގެން ދިޔައީއެވެ. ބަނދަރުގެ އެއްވެސް މަސައްކަތެއް ނުކުރާތާ ބަނދަރު ހެދުމަށް ބޭނުންކުރި ވެހިކަލްތަކާއި މެޝިނަރީތައް ރަށުން ބޭލީއެވެ. ބަނދަރު ހެދުމަށް ބޭނުންކުރާ އާލާތްތައް ގެންދިއުމުން ރައްޔިތުން ޕްރެޝަރ ބޮޑުކޮށްލުމުން ހައިމާކަކާއި ލޮރީއެއް އަނބުރާ ހިތާދުއަށް މިހާރު ވަނީ ގެންގޮސްފައެވެ. 

    ހައިމާކަކާއި ލޮރީއެއް އަނބުރާ ހިތާދުއަށް ގެންދިޔަ ނަމަވެސް ފަޅު ނިންމުމަށް އެއްވެސް ކަމެއް އަދި ނުކުރެއެވެ. ކުރީ ސަރުކާރުން ހިތާދޫ ފަޅުހެދުމުގެ ބޮޑުބައެއްގެ މަސައްކަތް ނިންމާފައިވަނިކޮށް މަސައްކަތް ނުކޮށް މެދު ކެނޑިގެން ދިޔުމުން ކުރެވިފައިވާ މަސައްކަތް ނުކުރާ މަސައްކަތަކަށް ދަނީ ބަދަލުވަމުންނެވެ. އެގޮތުން ފަޅުގެ އިރުމަތީ ބެޑް ހިއްކާ ނިންމާ ރިވެޓްމަންޓް ނުޖެހި އޮތުމުން އެބެޑްގެ ބޮޑުބައެއް ވަނީ ގިރާލާފައެވެ. ފަޅުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މުޅިން ނުނިމި އޮތުމުން ފުންކުރި ފަޅަށް ވެލިއަރާ އަލުން ފުންކުރަން ޖެހޭ ހިސާބަށް ފަޅުވަނީ ހަލާކުވެފައެވެ. 

    އަނެއް ކޮޅުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް އީއައިއޭ ހަދާ އެ މަސައްކަތް ވެސް އެމްޓީސީސީ އާ ކުރީ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް އެ ކަމެއްވެސް މި ސަރުކާރުން އަދިކުރާކަށް ނޫޅެއެވެ. 

    ހިތާދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް އެއްވެސް ހައްލެއް ހޯދާދިނުމުގެ ވިސްނުމެއް މުއިއްޒު ސަރުކާރުގައި ނެތްކަމަށް ހިތާދޫ ގިނަ ރައްޔިތުން ދެކެއެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހަފްތާއަކަށްވުރެ ކުޑަވެފައިވާއިރު %75އަށް ވުރެ ބޮޑަށް މަސައްކަތް ނިމިފައިވާ ބަނދަރެއް ނިންމާ ނުދެވުނު ސަރުކާރަކަށް ހިތާދޫ ގިނަ ރައްޔިތުން އިތުބާރެއް ނުކުރެއެވެ.   

    ]]>
    Tue, 16 Apr 2024 12:25:28 +0500 ނިއުސް ޑެސްކް
    އަދުރޭ ލިސްޓްގެ އެންމެ ކުރީގައި ސައްލެ؟ https://heerasnews.com/2402 https://heerasnews.com/2402 މަޖިލީހުގައި ތިބެގެން ނުވާނެ ވިހި މީހެއްގެ ވާހަކަ މުއިއްޒުގެ އިސްވަޒީރު އަދުރޭ ދެއްކީ ދާދި ފަހުންނެވެ. ކޮންބައެއްކަން ނުބުނެ އަދުރޭ އެބުނާ 20 މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމު (ސައްލެ) ހިމެނޭކަން ޔަގީން ވެއްޖެއެވެ. ހަމައެކަނި ލިސްޓްގައި ހިމެނެނީއެއް ނޫނެވެ. ލިސްޓްގެ އެންމެ ކުރީ ދެތިންނަމުން ނަމަކަށް ސައްލެގެ ނަން ވާކަން ކަށަވަރެވެ. ކޮންމެ އަގެއް ދައްކައިގެންވެސް ސައްލެ މަޖިލީހަށް ވަނަ ނުދިނުމަކީ މުއިއްޒުގެ އަމާޒެކެވެ.

    ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމު (ސައްލެ) ދެކެ މުއިއްޒު މިގަންނަނީ ހާދަހާ ބިރެކެވެ. ސައްލެއަށް ހޯރަފުށީގައި އޮތް ތާއީދު ފެނި މުޅި ސަރުކާރު އޮތީ މޭކަރަކަރައެވެ. ސައްލެއާ ދެކޮޅަށް ކުރެވެން އޮތް ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ. އެހެނަސް ސައްލެގެ ކެންޕޭނަށް ހުރަސް އަޅަން ސަރުކާރު ހިންގާ ކޯލިޝަނުން ކުރަމުންދާ މަސައްކަތް ދަނީ ބޭކާރުވަމުންނެވެ.

    ސަލީމުގެ މައްޗަށް ކުރި ނުހޯދި ސަރުކާރަށް ގޮތްހުސްވެ ހޯރަފުށީ ކައުންސިލްގެ ބާރު ކަނޑުވާލުމުގެ މަސައްކަތް ފާޅުގައި ވަނީފަށަފައެވެ. ސައްލެގެ ކެންޕޭނުގައި ހޯރަފުށީ ކައުންސިލުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާކަމަށް ބުނެ ދޮގު އިލްޒާމް ސަރުކާރު ހިންގާ ޕީއެންސީ ކޯލިޝަނުން އެޅުވީ ދެވަނަ އެއްވެސް ގޮތެއް ނެތިގެންނެވެ. 

    ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރާއްޖޭގެ ކަންކޮޅުތަކުގައި ކެންޕޭނު ކުރަނީ ކޮންބައެއްކަން ރައްޔިތުންނަށް ވަރަށް ސާފެވެ. ރައްޔިތުންގެ ހާލު ބެލުމުގެ ނަމުގައި ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ރައީސް މުއިއްޒު ދެފައި އެއްތާ ނުޖަހާ އެކުރަނީ ކީއްކަން އޮޅިގެން އުޅޭ މީހަކު ނޫޅެއެވެ. ވަޒީރުންނާއި ދައުލަތުގެ އިސްވެރިން އެމީހުންގެ އޮފީސްތައް ދޫކޮށްނިކުމެ ރާއްޖޭގެ އެތަން މިތާ ރަސްމީގަޑީގައި އެކުރަނީ ކެންޕޭނު ނޫން ކޮން އެއްޗެއް ހެއްޔެވެ. 

    ހޯރަ ކިޔަންޏާ މާހޯރައަކަސް ވަރިހަމައެވެ. ދުވަހަކު ހޯރަފުށި ލޮލުން ނުދުއްޓަސްހެވެވެ. ހެދުނު ގޮތެއް ހަދައިގެން ސައްލެ ފެއިލްކޮށްލަން އެރުވުނު މީހަކު ހޯރަފުއްޓަށް ސަރުކާރުން ދަނީ އަރުވަމުންނެވެ. އެގޮތުން ކަޅުދަބަސް ހިފައިގެން ހޯރަފުއްޓަށް އަރާ ރައީސް އޮފީހުގެ ކޮމިނިކޭޝަން މިނިސްޓަރު ހެއްޔަބޯ ހަލީލު އެބަހަނީ މުސްހަފެއް ނޫނެވެ. ދިންނަވާނޭ މަގެއްވެސް ނޫނެވެ. ހަކުރެއް ރިހާކުރެއް ނަގުދެއް ނޫންކަމެއް ނޭގެއެވެ.

    އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެތައް ދުވަހެއް ވަންދެން ހޯރަފުށީގައި ހުރެގެން އެ ހިންގަނީ އައިޖީއެމްއެޗް ހެއްޔެވެ. އައިޖީއެމްއެޗް މިހާރު ހުންނަނީ ހޯރަފުށީގައި ހެއްޔެވެ. އައިޖީއެމްއެޗްގައި ތިބި ބަލިމީހުނަށް ފަރުވާނުދެވި އަޅާލުން ނުލިބި ހޮސްޕިޓަލްގެ އިހުމާލުން މީހުންގެ ފުރާނަ ދާއިރު ސީއީއޯ އުޅުއްވަނީ ޕީއެންސީ ކެންޕޭނުގައެވެ. 

    ހިނގާލާފައި ޑޮކްޓަރަށް ދައްކަން މިދިޔަ ހުކުރު ދުވަހު މެންދުރު އައިޖީއެމްއެޗަށް ދިޔަ އެކަކީ ހޯރަ އިއްބެއެވެ. ހޮސްޕިޓަލްގެ އީއާރަށް ވަނތްތާ ދެތިން ގަޑިއިރު ފަހުން އިއްބެގެ ގަބުރު ހޮސްޕިޓަލުން ނެރެން ޖެހުނީ ޕީއެންސީއަށް ހޯރަފުށިން ނުލިބޭ ވޯޓެއް ކަމަށް ސީއީއޯ ހޯރަފުށީގައި ހުރެ އަންގައިގެން ހެއްޔެވެ. 

    ކުރާށެވެ. ކުރާށެވެ. ސައްލެއަށް އޮތް ތާއީދު ނަގާލަން ކުރެވުނު ކަމެއް ކުރާށެވެ. ކިތަންމެ ފޮނެއް އެރުވިޔަސް ކަންކަން ކުރެވޭނީ މިންވަރުގެ ކޮޅަށެވެ. އަހުމަދު ސަލީމުގެ ހިންމަތާ މިންނަތުން ދާއިރާއަށް ހޯދާދީފައިވާ ކުރިއެރުން ދިރިދިރި ދާއިރާއިން އެހުރީ ފެންނާށެވެ. ހޯރަފުށީ ދާއިރާގެ ރައްޔިތުންނަށް އެކަމެއް ނޯޅޭނެއެވެ. 

    ކޮންމެ އަގެއް ދައްކައިގެންވެސް އަހުމަދު ސަލީމް (ސައްލެ)ގެ ސިޔާސީ ހަޔާތުގައި މޫނު އަޅަން މުއިއްޒު ސަރުކާރުން މަރުފަލި ޖަހަނީކަން އެނގެއެވެ. އިލްމީ ގާބިލު ދޫ ފަސޭހަ ތަޖުރިބާކާރު މީހުން މަޖިލީހުގައި ތިބެންޖެހޭ ކަމަށް ގަބޫލުކުރާ އެއްވެސް ރައްޔިތަކު ސައްލެ އެއްލައެއް ނުލާނެއެވެ. މުއިއްޒަށް އަޅުވެތިވެ ހަމްދު ސޮލަވާތް ކިޔަވަން ރަނގަޅަށް ނޭގޭ މީހަކު އަތުގައި ހިފައިގެން ނިކުމެ ސައްލެ ފުނޑާލަން ހޯރަފުށީ ހަލީލު މެން ނިކުތީމާ ހޯރަފުއްޓައްވެސް ހުތުރެވެ. ފުލުފުލުން ކަޅު ދަބަސް އެރުވިޔަސް ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ ހިތުގައި ސައްލެއަށް އޮތް ލޯތްބާއި އިތުބާރެއް ނައްތައެއް ނުލެވޭނެއެވެ.

    ]]>
    Mon, 15 Apr 2024 15:30:13 +0500 ނިއުސް ޑެސްކް
    ރިކޯޑް މިންވަރަށް ހޫނުގަދަ ވުމަށްފަހު 100 މިލިމީޓަރުގެ ވާރޭ https://heerasnews.com/2401 https://heerasnews.com/2401 ރިކޯޑް މިންވަރަށް ހޫނުގަދަ ދުވަސްތަކަކަށްފަހު އިއްޔެ ރާއްޖޭގެ ބައެއް ހިސާބުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހިއްޖެއެވެ. 

    އިއްޔެ ރާއްޖޭއަށް ކުރި ވިއްސާރައިގައި މާލެ އާއި ހުޅުލެ އަދި ގއ. ގެމަނަފުއްޓަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހުނު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާގެ  އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފި އެވެ.

    ފާއިތުވި 24 ގަޑިއިރު ވެހުނު ވާރޭގެ ރެކޯޑް މިއަދު މެޓް އޮފީހުން އާންމުކޮށްފައިވެއެވެ. ރެކޯޑް ދައްކާގޮތުން މާލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހުޅުލެއަށް ވެހިފައިވަނީ 108.4 މިލިމީޓަރުގެ ވާރޭއެވެ. ހަމައެއާއެކު، ގެމަނަފުއްޓަށް ވަނީ 100.8 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ހުޅުމާލެ އަށް އިއްޔެ ވެހުނީ 47.5 މިލިމީޓަރުގެ ވާރެއެވެ.

    ރެކޯޑް އަދަދަކަށް ހޫނުގަދަ ދުވަސްތަކަކަށްފަހު އިއްޔެ ކުރި ގަދަ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވަނީ ހިނގާބިގާވެ ނޫޅެވޭ ވަރަށް ފެންބޮޑުވެފައެވެ. ގިނަ ގެތަކަށް ފެންވެސް ވަދެފައިވެއެވެ. ފެންބޮޑުވެގެން ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވެ، ބައެއް ގެތަކުން މީހުން ވަނީ ބަދަލުވެސް ކޮށްފައެވެ.

    ]]>
    Sun, 14 Apr 2024 17:09:32 +0500 ނިއުސް ޑެސްކް
    މިފަހަރު ސްޕަރ މެޖޯރިޓީ ޑިމޮކްރެޓްސްއަށް!؟ https://heerasnews.com/2400 https://heerasnews.com/2400 ރައީސް ނަޝީދަށް ވެފައި މިހުންނަނީ ކިހިނެއް ހެއްޔެވެ. އަބަދުވެސް އޮޔާވަޔާ ދެކޮޅަށް މަރުފަލި ޖެހުމަކީ ޖެހިފައި ހުރި ބައްޔަކީ ބާއެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބިގެން އެމްޑީޕީއަށް ވެރިކަން ކުރަން ލިބުމުން އެވެރިކަން ހަރާބުކޮށްލީ ނަޝީދެވެ. އަސާސީ ހައްގުތައް ހަމަހަމަކޮށް ރައްޔިތުންނަށް ހޯދާދީ ގައުމު ހަމަ މަގަށް އަޅުވާން ލިބުނު ފުރުސަތު ގެއްލުވާލީ ނަޝީދެވެ. ބޮޑުވަޒީރުކަން ނުލިބިގެންނެވެ. 

    ސަރުކާރުގެ އިދާރާތަކުގައި ކަތުރުފަނި އަޅުވާ ފަސްކޮށް ލަސްކޮށް ފާލުން ނައްޓާލީ ނަޝީދެވެ. މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން އިނދެ އަމިއްލަ މަސްލަހަތުގައި އެމްޑީޕީގެ ވެރިކަމުގެ ލޭބަލް އެޅުވީ ނަޝީދެވެ. އަސްލެއްނެތް ތުހުމަތުތައް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އަޅުވައިގެން އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅުނީ ނަޝީދެވެ. އަމާން ކަމާ އޮމަން ކަމާއެކު ހައްލުކުރެވެން އޮތް ކިތަންމެ ކަމެއް ހަމައިން ނައްޓުވާލާ އެމްޑީޕީ އޮޔަދުއްވާލަން އުޅުނީ ނަޝީދެވެ. ބޮޑުވަޒީރުކަން ނުލިބިގެންނެވެ.

    ނަޝީދު ޖެހިހާ ބެރަކަށް ނުނެށި މަޖިލިސް މެންބަރުންގެ ނިއްކުރީގައި ވައްކަމުގެ ޓެގް އަޅުވާ އެއްވެސް އަސާސެއް ނެތި އެމްޑީޕީގެ ސޫރަ ހަޑިކޮށްލި މީހަކީ ނަޝީދެވެ. އެމްޑީޕީގެ ރޫހުގައި ހިތާ ރޫހުން މަސައްކަތްކުރި ރޮޒޭނާމެން ފަދަ އެތައް ބަޔަކާމެދު މެންބަރުންނާއި ރައްޔިތުންގެ ހިތުގައި ނަފްރަތާއި ޝައްކު އުފެއްދީ ނަޝީދެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ބާރުތައް ނަޝީދުގެ އަތްމައްޗަށް ފުރޮޅާނުލައިގެން ކުޅުނު ގޭމް އަތަށް ގޮވުމުން ނަޝީދުގެ ފުރާނަ ދުއްވާލަން އުޅުއްވިކަމުގެ ނުރައްކާތެރި އިލްޒާމް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެޅުވީ ނަޝީދެވެ. ބޮޑުވަޒީރުކަން ނުލިބިގެންނެވެ. 

    އެމްޑީޕީގެ ވިންދާ ދެކޮޅަށް އެތެރޭގައި ކުރިހާ މަސައްކަތް ބޭކާރުވެ ބޭޒާރުވުމުން މާބޮޑު ޑިމޮކްރެޓެއް ވެގެން ނިކުމެގެން ދިޔައީ ނަޝީދެވެ. އިދިކޮޅަށް ވުރެ އިދިކޮޅުވެގެން އުފެއްދި ޕާޓީ ގަނޑަށް ހަމަވީ ކިރިޔާ ތިން ހާހެވެ. އެމްޑީޕީ އޮތީ އޮތް ގޮތަށެވެ. ދަ ޑިމޮކްރެޓްސް އިދިކޮޅާ ގުޅިގެން އިބޫ ނޫން ގޮތެއް ހޯދަން ނިކުތް ދަތުރުގައި ބޮޑުވަޒީރުކަން ނުލިބުނުތާ ރިޔާސީ އިންތިހާބުގައި ފަނަރަ ވަރަކަށް ހާސް ވޯޓު މުޅި ރާއްޖޭން ނުލިބުނެވެ. އަސްލު އެމްޑީޕީ އޮތީ އޮތް ގޮތަށެވެ. 

    އިބޫ ނޫން ގޮތެއް ހޯދަން ވާދަވެރިން ގުޅިގެން އިބޫ ނޫން ގޮތެއް ހޯދިއިރު އިބޫ ނޫން ގޮތެއް ނެތްކަމަށް ގަބޫލުކުރި މީހުންގެ އަދަދު އެއްލައްކަ ނުވަހާހަށް ވުރެ ގިނައެވެ. ރާއްޖޭގެ ތާރީހުގައި އިންތިހާބެއްގައި ބަލިވި ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ލިބުނު މީހަކީވެސް އިބޫއެވެ. އެހެން ކަމުން އަސްލު އެމްޑީޕީ އޮތީ އިބޫ ފަހަތުގައި ކަމާމެދަކު ޝައްކެއް ނެތެވެ. 

    އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގައި ނޫންކަން ވަރަށް ސާފެވެ. އަސްލު އެމްޑީޕީ އޮތީ އިބޫއާއި އެކުގައިކަން މާބޮޑަށް ވެސް ސާފެވެ. ފާރަވެރި މަޖިލިސް އޭ ކިޔައިގެން ޑިމޮކްރެޓްސްއިން ކެމްޕެއިން ކުރިޔަސް ވާނެ ކަމެއް ހަރާމުން ހަރާމެވެ. ނަޝީދު ފަހަކަށް އައިސް ދެއްކިހާ ވާހަކައަކާއި ކުރިހާ ކަމެއް ވެގެން ގޮސްފައިވަނީ ޖަމަލު ފޮޑިއަށެވެ. 

    ފާރަވެރި މަޖިލީހަށްޓަކާ މުއިއްޒުއަށް ސަނާކިޔައިގެންނާއި އޭނައަށް ކުރުނީސްކޮށްގެން ލައްކަ މޮޅުވާނެއެވެ. މުއިއްޒުގެ މޮޅު ވާހަކަ ދައްކައިގެންނާއި މުއިއްޒުގެ ޕްރޮޕަގަންޑާ ހަބަރުތައް ފަތުރާ ދީގެން ލައްކަ މޮޅުވާނެއެވެ. މުއިއްޒު ވިއްކާ ދޮގު ދޮލަނގު ބޮލަށްލައިގެން ހިނގުމުން ލައްކަ މޮޅުވާނެއެވެ. އޭރުން ޑިމޮކްރެޓްސްއަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބޭނެއެވެ.

    ވާނީ އެހެންތާއެވެ. ފާރަވެރި މަޖިލިސް ހޯދަން ނިކުތް ދަ ޑިމޮކްރެޓްސް އޮތީ ފުށިދިއްގަރު ސްކޭމް ހިންގިއިރު ހަނެވެ. ޑްރޯން ވައްކަން ކުރިއިރު ނިދާފައެވެ. ތިނަދޫ އެއަޕޯޓު ޕޭޕާ ކުންފުންޏަކަށް ދިންއިރު ކޯމާއެއްގައެވެ. މުއިއްޒުގެ ސިޔާސީ މަގާމުތައް ހާހުން މައްޗަށްދާއިރު ލޯމަރައިގެންނެވެ. ވަޒީފާތަކުން މީހުން ވަކިކުރާއިރު ބަސް ހުއްޓިފައެވެ. ފޭކު ގައުމިއްޔަތެއް ފަތުރަން ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް ބަދަލުކުރާއިރު ވަގިނެތިފައެވެ. ރަށްރަށުގައި ފަށާފައިވާހަ މަސްކަތް ހުއްޓާލާފައި އޮތްކަން ނޭނގޭ ވަރަށް ހިނދުކޮޅުގައެވެ. ދޮގު މައްޗަށް ދޮގު މުއިއްޒު ހަދާއިރު ބީރުވެފައެވެ. އިންޑިޔާ ސިފައިންގެ ބޭލުންގަނޑު ނުފެންނަ ވަރަށް ކުދިކޮކާ ބުރާފައެވެ. މުއިއްޒުގެ ދަށް ގޮހޮރުން ލާފާ ދަ ޑިމޮކްރަޓްސް މި ދަނީ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ނެގުމާ ދިމާލަށެވެ. މަރުހަބާއެވެ. 

    ]]>
    Sun, 14 Apr 2024 16:41:46 +0500 ނިއުސް ޑެސްކް
    މުއިއްޒަށް މަޖިލިސް ދިނުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން https://heerasnews.com/2399 https://heerasnews.com/2399 ރައްޔިތުންގެ މަޖިލިސް އިންތިހާބު އައުމާއެކު ސަރުކާރު ހިންގާ ފަރާތަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅޭތަން ކޮންމެ ފަހަރަކު ފެނެއެވެ. އައު ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން އެނޫން އިންތިހާބެއް އަދި ނުބާއްވައެވެ. އެހެން އެކަންވަނީ ރާއްޖޭގެ ގާނޫނު އަސާސީ އޮންނަ ގޮތުންނެވެ. 

    މަޖިލީހުގެ މަސައްކަތަކީ ގާނޫނު ހެދުމާއި ބަޖެޓް ފާސްކުރުމާއި ސަރުކާރު ޖަވާބު ދާރީ ކުރުވުމެވެ. ކަން އެހެން އޮތަސް ރައްޔިތުން މަޖިލީހަކީ ވަކިބާރެއްގެ ގޮތުގައި އޮންނައިރު މަޖިލީހުގެ ކޮންޓްރޯލު ސަރުކާރަށް ހޯދަން އުޅެނީ ކަމެއްވެގެންތާއެވެ. 

    ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެސަބަބުތަކަށް މަތިމަތިން ބަލަލާއިރު އަންނަނިވި ކަންކަން ފަހަގަ ކުރެވެއެވެ.

    • ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓް ފާސްކުރުން.
    • އެވަގުތަކު ސަރުކާރު ހިންގަން ތިބޭ ބަޔަކު ބޭނުންވާހާ ގޮތަކަށް ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުން.
    • ދައުލަތުގެ މަގާމުތަކަށް އިސްކުރެވޭ މީހުންގެ ތެރެއިން މަޖިލީހުގެ ރުހުން ލިބިގެން އިސްކުރަން ޖެހޭ މަގާމުތަކަށް ސަރުކާރުން ބޭނުންވެގެން ރުހުން ހޯދަން ފޮނުވާހާ މީހަކީ ކޮންމެފަދަ މީހަކަސް އެ މީހަކަށް ރުހުން ހޯދުން.
    • މިނިވަން މުއައްސަސާތައް ސަރުކާރުން ބޭނުންވާހާ ގޮތަކަށް އޮޕަރޭޓް ކުރުވުން.
    • މުޅި ދައުލަތުގެ މާލީ ނިޒާމް ސަރުކާރުން ބޭނުންވާ އިރެއްގައި ބޭނުންވާހާ ގޮތަކަށް ކޮންޓްރޯލު ކުރުން.
    • ޖުޑިޝަރީގެ ކޮންޓްރޯލް ސަރުކާރުގައި ބޭއްވުން
    • ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ކޮންމެ ފަދަ ކަމެއް ކުރިޔަސް މަގާމުން ވަކި ކުރިޔަ ނުދިނުން.

    ކޮންމެ ބަޔަކު ސަރުކާރުގައި ތިއްބަސް މަޖިލީހުގެ ކޮންޓްރޯލު ސަރުކާރަށް ހޯދެން އޮތްގޮތަކަށް ހޯދަން މަސައްކަތް ކުރަނީ އެހެންވެއެވެ. ރިޝްވަތުދީ ގަނެލައިގެންވެސް މެންބަރުން ސަރުކާރު ކޮޅަށް އަނބުރާލަން ސަރުކާރުތަކުން މަސައްކަތް ކުރަނީ އެހެންވެއެވެ.

    ދާއިރާގައި ހިންގާންޖެހޭ ތަރައްގީގެ ޕްރޮޖެކްޓް ހިންގުމަކާ މަޖިލީހުގެ މެންބަރަކާ ގުޅުމެއް ހަގީގަތުގައި ނޯވެއެވެ. އެކަން އެނގެނީ ސަރުކާރަށް ތާއީދު ކުރިޔަސް ކޮންމެ ކޮންމެ މެންބަރަކަށް ސަރުކާރުތެރޭން ދާއިރާއަކަށް ރައްޔިތުންނަކަށް ކަންކަން ކޮށެއް ނުދެވެއެވެ. ކަންކަން ކުރެވެނީ އެ މެންބަރެއް ނުފޫޒު ސަރުކާރަށް އޮތް މިންވަރެއްގެ މައްޗަށެވެ. 

    ސަރުކާރުން މަޖިލިސް ކޮންޓްރޯލު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫނެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދެވޭނެ ތީއެއްވެސް ނޫނެވެ. މުޅި ދައުލަތް ރައީސްގެ މުށުތެރެއަށް ލުމަށެވެ. ހުދުމުހުތާރު ވެރިކަމެއް ކުރުމަށެވެ. ފާރަވެރި ވިޔަ ނުދީ ހިތުހުރި ކަމެއް ކުރުމަށެވެ. ދައުލަތް ދަވާލުމަށެވެ. 

    ހާއްސަކޮށް ރައީސް މުއިއްޒަށް މަޖިލިސް ދިނުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން ފަދަ ނުރައްކާތެރި ކަމެކެވެ. މިވީ ކުޑަ ދުވަސްކޮޅުވެސް ހަދާ ދޮގުންނާއި ކުރާ ކަންކަމުން ކަމުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ދިމާލަށް އެބަފެނެއެވެ. 

    ]]>
    Sun, 14 Apr 2024 15:05:09 +0500 ނިއުސް ޑެސްކް
    ސަރުކާރު މެންބަރުހޮވަން ބަޔަކު ހަންކެނޑޭއިރު އަނެއްބަޔަކު އުދުހެނީ! https://heerasnews.com/2398 https://heerasnews.com/2398 އައު ގާނޫނު އަސާސީގެ ކުރިން މަޖިލީހަކީ ސަރުކާރުން ބޭނުންވާ ކަންކަމަށް ގާނޫނީ ބާރު ހޯދާދީ ސިއްކަ ޖަހާދޭން އޮންނަ ތަނެކެވެ. މެންބަރުން މަޖިލީހަށް ހޮވާދެނީ ފޮތް ލިސްޓާއި ވެލްފެއައިން އެހީ ހޯދާދީ ސަރުކާރު އޮފީހަކުން ކޮށްލަން ޖެހޭ ކަމެއް ކުރުމަށް އެހީތެރިވެ ދިނުމަށެވެ.

    ރަށްރަށާއި އަތޮޅުތަކުގައި ތަރައްގީގެ މަޝްރޫއު ހިންގާ ދާއިރާގެ މީހުނަށް ވަޒީފާ ހަމަޖެއްސުން ފަދަ ކަންކަން ކުރުވުމަކީ އޭރަކު މެންބަރުންނާ ބެހޭ ކަމެއް ނޫނެވެ. ގާނޫނު ހެދިޔަސް ނުހެދިޔަސް ވަރިހަމައެވެ.  

    އައު ގާނޫނު އަސާސީގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ޕްރޮޖެކްޓް ހިންގާދޭން ހޮވާ މީހެއް ގޮތުގައި ދާއިރާ ރައްޔިތުންނަށް އޮންނަނީ ދައްކާފައެވެ. މެންބަރުގެ ނުފޫޒު ހުންނަ ވަރަކުން ސަރުކާރު ޕްރޮޖެކްޓްތައް ދާއިރަތަކަށް އޮހޭ ގޮތަށް ކަންކަން އޮންނަނީ ބައްޓަންވެފއެވެ. ދާއިރާ މެންބަރަކީ ވެލްފެއަރ އޮފިސަރ ވެސް މެއެވެ. ދާއިރާ މީހެއްގެ ބޮލެއްގައި ރިއްސާލިޔަސް ބަނޑެއް ކައްކާލިޔަސް އެކަމަކާ އުޅެން ހުރި މީހަކީ މެންބަރުކަމަށް އޮންނަނީ ގަބޫލު ކުރުވާފައެވެ.

    ސަރުކާރަށް ތާއީދު ކުރިޔަސް ކޮންމެ ކޮންމެ މެންބަރަކަށް ސަރުކާރުތެރޭން ދާއިރާއަކަށް ރައްޔިތުންނަކަށް ކަންކަން ކޮށެއް ނުދެވެއެވެ. ކަންކަން ކުރެވެނީ އެ މެންބަރެއް ނުފޫޒު ސަރުކާރަށް އޮތް ވަރެއްގެ މައްޗަށެވެ. 

    ސަރުކާރަށް ތާއީދު ކުރާ މެންބަރު މަޖިލީހަށް ހޮވުމުގައި އެކިދާއިރާއަށް ސަރުކާރުން ކަންކަން ވަނީ އެކިވަރަށެވެ. ފާހަގަ ކޮށްލެވޭ އެއްވެސް ކަމެއް ކެންޕޭނާ ގުޅިގެން ކޮށްނުދޭ އެތައް ދާއިރާއެއް އެބައޮތެވެ. ކޮށްދޭނަން ނިންމާނަން ކިޔައިގެން ބޮލަށް ޗިޕް ޖަހައިގެން ސަރުކާރުން ބޭނުންވާ ކެންޑިޑިޑޭޓުންނަށް ބައެއް ދާއިރާތަކުން ވޯޓު އެބަ ހޯދައެވެ. 

    ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯމަހުކުރީ އައިނެއް ލައްވާލައިގެން އުޅެނީ ފ. އަތޮޅު ނިލަންދޫ ދާއިރާއަށެވެ. ސިޔާސީ ވަޒީފާތައް ނިލަންދޫ ދާއިރާއަށް އޮހެނީ ކުޅަދާނަ ކެޔޮޅަކު ދަހި އައިނަކުން ކުރުދޮށީގައި މަސް ބާނާހެންނެވެ. ރުފިޔާ ފައިސާ އެނބުރެނީ ބުރޫނާންގައެވެ. އެއަރޕޯޓަށް ދަންދެން ލެއްގީއެވެ.

    އަނެއް ބަޔަކު ސަރުކާރު ކެންޑިޑޭޓް ހޮވަން ތެޅިފޮޅެ ހަން ކެނޑެނީއެވެ. ރޯގިލަކަންފުޅެއް ނުވެއެވެ. ސަރުކާރުގެ ކެންޑިޑޭޓަކީ ކާކުކަމެއްވެސް ގިނަ ދާއިރާގައި އެނގޭވަރެއް ނޫނެވެ.

    ]]>
    Sun, 14 Apr 2024 14:29:32 +0500 ނިއުސް ޑެސްކް
    ދުނިޔެ ރަންވެފައިހުރި މީހެއްގެ ދިފާއުގާ ހީނާ! https://heerasnews.com/2395 https://heerasnews.com/2395 ކުޑައިރު މައިންބަފައިން ވަކިވުމުގެ ސަބަބުން އަނިޔާ ލިބި ލިބި ބަދަލު ހިފުމުގެ ރޫހު ކަށީގެ މަދުގައި ހަރުލާފައިހުރި ބޭޗާރާއަކަށް ބާރެއް ލިބުނީމާ ވާންވީ ހައެތި މިހިރަވަނީއެވެ. ނަފްސާނީ ބަލީގައި ދުނިޔެ ރަންވެފައިހުރި މޮޔައެއްގެ އަތަށް ކަނޑި ދިނީމާ ވާނެގޮތް މިހިރަވަނީއެވެ. މޮޔަގެރިއަށް ރަތްފޮތި ފެނުނީމާ ވާހެން ވެގެން  ޒާތަކު ފޮޓޯއެއް ދީފާ ފޮނުވީމާ ނިކުމެ ފުލުހުން ކޮށްލިވަރޭ ބުނެ ފުލުހުންނާ ޖެހިގަންނަން ހީނާ ވަލީދަކީ ކާކުހެއްޔެވެ. އެކަށީގެންނުވާ ބާރެއް ބޭނުންކޮށްގެން މުޒާހަރާއެއް ރޫޅާލަން ޖެހޭ ވަރުގެ މުޒާހަރާއެއް ހުސްވި ފަސްއަހަރަކު ނުބޭއްވެއެވެ. ނިމިދިޔަ ފަސްއަހަރު ފުލުހުން ތިބީ ވަރަށް ހަމަޖެހިގެންނެވެ.

    ފުލުހުން ފާލުން ނައްޓާވަރުގެ މުޒާހަރާއެއް ހީނާމެން އިދިކޮޅުގައި ތިބެ ބޭއްވީއެއް ނޫނެވެ. ބާއްވާކަށް އެނގުނީއެއް ނޫނެވެ. ނުއެކަށޭނަ ބާރެއް ބޭނުންކޮށްގެން ފުލުހުން ލައްވާ ގޯހެއް ހެއްދޭވަރުގެ އެއްވުމެއް ބޭއްވުނު ނަމަވެސް ހީނާ ކޯތަޅުވަން ރަނގަޅެވެ.

    އެކިފަހަރު އެކި ނަމުގައި މުޒާހަރާތައް ބޭއްވޭތޯ ހީނާމެން އުޅުނީމު ނޫން ހެއްޔެވެ. ހެޔޮވަރުގެ އަދަދަކަށް މީހުން ނުނިކުމެގެން ކޮންމެ ފަހަރަކުވެސް މުޒާހަރާ ވައިވުން ނޫން ކަމެއް ވީހެއްޔެވެ. އިންޑިއާ އައުޓް ވައިގައި ހިފާނެކަމަށް ހީކުރީމު ނޫން ހެއްޔެވެ. މީހުންގަނޑު ނިކުމެ ވެރިކަން ވައްޓާލާނެ ކަމަށް ހީކޮށް ފޮނު އެރުވީމު ނޫން ހެއްޔެވެ. ހެޔޮވަރުގެ އަދަދަކަށް މީހުން ނުނިކުތުމުން  ފުލުހުން ނިކުމެ ކަމެއްކުރާން ނުޖެހި ރިޔާސީ ގަރާރަކަށް ފޫޅުކަނޑާ މުޒާހަރާ ވައިވެގެން ދިޔަ ހަނދާން ހީނާގެ ބަލިހާލު ހުރިގޮތުން ނެތުނީތާއެވެ. 

    ހަރާން ހުކުން މުޒާހަރާ ތަކަށް ވީގޮތް ރައީސް ޔާމީނު އިއްޔެރޭ އެވިދާޅުވެ ދެއްވީއެވެ. ނުއުމުރުގެ ތިރީހަކަށް އަންހެނުން ކޮންމެ ރެއަކު ކަސްރަތު ކުލާހަކަށް ދާންހެން ގޮސްތިބެ ދޮޅުގަޑިއެއްހާއިރު އެ ބޭއްވީ މުޒާހަރާ ހެއްޔެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި ނުވަތަ ސޯސަންމަގު ޖަންގްޝަނުގައި ގުޅައަކަށް ތިބެ ތިރީހަކަށް އަންހެނުން ހޭރުވި ހޭރުވުން އެއީ މުޒާހަރާއަށް ވޭހެއްޔެވެ. ފުލުހުން ނިކުމެ އެ ކަނބަލުންނަށް ޖާގަ ހަދާދީ ޓްރެފިކް ބަލަހައްޓާ ދީހެދުމަކީ އަނިޔާކުރުން ކަމަށް ވަންޏާ އެއީ ކިތަންމެ ހާވެސް ބޮޑު އަނިޔާއެކެވެ. 

    ހީނާގެ ލޮލަށްމިރުސް އެޅިފަ ހުއްޓަސް އެންމެންނަކު ތިބީކީ ލޮލަށް މިރުސް އެޅިފައެއް ނޫނެވެ. ހީނާމެން ހަރާން ހުކުމުގެ ނަމުގައި ދެބައި އުމުރު މަދު އަންހެނުން ކޮޅެއް ނެރުވައިގެން ހޭވި ހަޑި މާލޭގައި އުޅުނު ބަޔަކު ދެކޭނެއެވެ. އެކަކަށް އެކައްޗެއްވެސް އޮޅުވައެއް ނުލެވޭނެއެވެ. ޖަލު ހުކުމުގައި އޮންނެވި ރައީސް ޔާމީނަށް ވެސް އޮޅިވަޑައި ނުގަންނަވާކަން މިހާރު ސާފުވާނެއެވެ.

    ވެރިކަމުގެ އާރާ ބާރުގައި ތިބެ ފުލުހުން ފޮނުވައިގެން އެމީހުން ލައްވާ އަނިޔާވެރިކަން ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް ދެއްކުމަށްފަހު ފުލުހުންގެ ބޮލަށް އެކަން ކަނޑާލަން ޗަރުކޭސް ނުދައްކާށެވެ. ފުލުހުންނަކީ އެމީހުންގެ ތޮބީއަތުގައިވެސް އަނިޔާވެރި ބައެއްކަމަށް ދައްކަން ރާގުރާގަށް ވާހަކަ ދެއްކިޔަސް ފުލުހުންނާއި ރައްޔިތުންނަށް ވާނުވާ އެނގެއެވެ. ވެރިކަމާހެދި އަމިއްލަ އަތަށް ގޮއްވާލެވޭ އިރުވެސް އެނގެނީއެއް ނޫނެވެ.      

    ]]>
    Thu, 11 Apr 2024 17:45:48 +0500 ނިއުސް ޑެސްކް
    އީދުވިލޭރޭ ފުލުހުން ހިންގި އޮޕަރޭޝަނަކީ އިންޒާރެއް! https://heerasnews.com/2394 https://heerasnews.com/2394 އެސްއޯ ފުލުހުން ފޮނުވީ ރަައީސްގެ އެންގެވުމާ ހިލާފަށް ކަމަށް ރައީސް ވިދާޅުވީމާ އެނގުނީ ފުލުހުންގެ އީދު ވިލޭރޭގެ އެއޮޕަރޭޝަން ކުރިއަށް ގެންދަން ރައީސް އެންގެވި ވަކި ގޮތެއް އޮތް ކަމެވެ.  

    ނަމަވެސް ކުރީގެ ފުލުސް ކޮމިޝަނަރ އެމްސީ ހަމީދު ވިދާޅުވަނީ ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ވަކި ގޮތެއް އެންގެވުމުގެ ގާނޫނީ ޖާގަ ރައީސަށް ނޯންނަ ވާހަކައެވެ. އެހެންވިޔަސް ހެޔޮތާއެވެ. ރައީސް ފުލުހުންނަށް ގޮތެއް އަންގަވާފައި ވާތީ، ފުލުހުންގެ އޮޕަރޭޝަން ދިފާއުކޮށް އީދުވިލޭރޭ ކަމުގެ ހޫނުގަނޑުގެ ތެރޭގަައި އޮތީ އެކަން ރަސްމީކޮށް ރައީސް އޮފީހުން ކަށަވަރުވެސް ކޮށްދީފައެވެ. 

    އެ އޮޕަރޭޝަން ދިޔައީ ވަގުތުން މީޑިއާ ތަކުން ލައިވް ކުރަމުންނެވެ. އަނެއްކޮޅުން ރޭގެ ކަންތަކާ ހެދި ރައީސް އުޅުއްވީ އަވަހާރަވެސް ނުލައްޕަވާ ކަމަށް ހޮދު ރައީސް ވިދާޅުވެއްޖެއެވެ. 

    ހޭލާ ހުންނަވާ ހުރިހާ ކަމެއް ހިނގާ ނިމި އިރުއަރާ، އީދު ސަލާންކޮށް ނިމުނު އިރު ކަމަކުދާކަށް ނެތެވެ. ފުލުހުން ގޯސްވެ، ބޮޑުތަހުގީގެއް ކުރަންޖެހި ރައީސަށް އެއްޗެއް އެނގިވަޑައިގަތީ މާފަހުން ނޫހުން ކަމުގައި ވެއްޖެއެވެ. ދެންމީގެ ދެކޮޅު ދިމާކުރާނެ ގޮތަކީ ކޮބައިހެއްޔެވެ.

    ހުވާކުރުމާ އެކު ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ވައުދާއެކު އެދެއްކި ހުސްގޮނޑި އެއީ ދޮގުކަމަށް ނުވަންޏާ ދޮގާ މަކަރަކީ އޮތް އެއްޗެއް ނޫނެވެ. ވަކި ކަމެއްގެ ދަޅަދައްކައިގެން ހޯދާ މޮޅާ މަންފާ އެއީ ޓެކުމެއްވެސް ނޫނެވެ.

    ވެރިކަމުގެ ހުވާ ކުރެއްވިތާ 5 މަސް ތެރޭ، ކުޑަޢީދު ވިލޭރޭ މާލޭ ގިޔާސުއްދީން ސްކޫލް، އަލަށް އުފައްދާ ޕީއެންއެފް ނަމަކަށް ކިޔާ ރައީސް ޔާމީންގެ ސިޔާސީ ޕާޓީއަށް ކުއްޔަށް ދިނެވެ. ފަހުން އެކަމާ މޭބޮޑުވެ ފަހުވަގުތު އެކަން ކެންސަލް ކުރާނީ، މަތިފަޑީގެ ކޮންމެވެސް ހިސާބަކުން އެންގީމަތާއެވެ. އެކަމެއް އެ ޕާޓީގެ އާންމު މެމްބަރުންނަކަށް ނޭނގޭނެ ނޫން ހެއްޔެވެ،

    ކުރިން ހަމަޖެހިފާ އޮތްގަޑިއަށް މީހުން އައިސް ހޯލް ފުރެނިކޮށް އެކިވައްތަރުގެ ހެދުން އެޅި ފުލުހުންގެ ފައުޖުތައް އައިސް ރައީސް ޔާމީނުގެ މީހުން ފައްސާ ނަގާލީއެވެ. އެންމެ ފަހުން ވެރިންގެ އެންމެން ރެކި ފުލުހުން ގޯސް ހެދިކަމަށް ވެގެން ތަހުގީގެއް ފަށަން ޖެހުނީއެވެ. 

    ރާއްޖޭގެ ސަލާމަތީ ފައުޖުތަކަކީ ހަމަ ތިބެފައި އަމިއްލަ އަމިއްލައަށް ކަންކުރާ ބައެއް ނޫނެވެ. އެންމެ ހުތުރު ގޮތަކަށް ތާރީހުގައި ފެނުނު ފެބްރުވަރީ 7 ގައި ވެސް އެމީހުން ކަންކުރީ މައްޗަށް ތިބި ބަޔަކު އެކަން ރާވާ ކޮމާންޑްކޮށް އެކަން ކުރަން އެންގީމައެވެ.

    އީދު ވިލޭރޭގެ ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރުގަދަ ހަސަން ކުރުސީ ދައްކަނީ ޝައުގުވެރި ވާހަަކަ އެކެވެ.

    އޭނާ ބުނާގޮތުން އީދު ވިލޭރޭ ފުލުހުން ހިންގި ހަރަކާތަކީ ފުލުހުންގެ މިހާރުގެ ކޮމިޝަނަރާއި ދެކޮޅަށް އެތަނުގެ ތެރޭން ބަޔަކު ހިންގި ބަގާވާތެކެވެ. ބޭނުމަކީ މިހާރުގެ ކޮމިޝަނަރ ވަކިކޮށް އެހެން ބަޔަކު ފުލުހުންގެ މަތިފަޑިއަށް އަރަން ބޭނުންވުމެވެ. މިކަމުގައި އެއްވެސް ވަރެއްގެ ހަގީގަތެއް އޮތްނަމަ އެއީ ނުރައްކާތެރިކަން ބޮޑު އިންޒާރެކެވެ.

    ]]>
    Wed, 10 Apr 2024 21:53:39 +0500 ނިއުސް ޑެސްކް
    ފުލުހުން ބޮލަށް ކަނޑާލާ މުއިއްޒު ބޯދަމައިގެންފި! https://heerasnews.com/2393 https://heerasnews.com/2393

    ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ހިނގާދިޔަ ކަންކަމުގެ އެއްވެސް މައުލޫމާތެއް އެނގިފައިނުވާކަމަށް ބުނެ މުއިއްޒު ބޮޑު ދޮގެއް ހަދާ އޮޅުވަލައިފިއެވެ. ފުލުހުންނަކީ އަނިޔާވެރި ގޮތެއް ފޮތެއް ނެތް ބައެއްކަމަށް މުއިއްޒު ބުނި ބުނުމަކީ ސީރިއަސް ކަމެކެވެ. މުއިއްޒަކީ ރާއްޖޭގެ ސަލާމަތީ ކަންކަމުގެ ކޮންޓްރޯލު ނެތް ވެރިއެއްކަމަށް އަމިއްލައަށް އިއުތިރާފުވުމަކީ ކުޑަކަމެއް ނޫނެވެ. ބިރުވެރިކަމެކެވެ. 

    އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް ހިފާ ހައްޔަރުކޮށް ހަދާ މަންޒަރު ފެންނަން ބޭނުން ނުވާ ކަމަށާއި، ކުރިން އެ މަންޒަރުތައް ފެނިފައިވާ ކަމަށް މުއިއްޒު ބުނުމުން، ކަމުން ރެކެވޭނެ ކަމަށް ހީވަނީހެއްޔެވެ. މުއިއްޒު ސާފު އިރުޝާދެއް ދީފައި އޮއްވާ ފުލުހުން ނިކުމެ އާއްމު ރައްޔިތުން ތަކެއް ތަޅާ ރާކޭސް ގަންނަވާލީ ފުލުހުން އަމިއްލައަށް ކަމަށް ބުނީމާ ގަބޫލު ކުރަނީ ކާކުހެއްޔެވެ. 

    މުއިއްޒު ހިތާމައެއް ކުރާނެ ކަމެއްނެތެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅީ ރައީސް މުއިއްޒު ދިން ސާފު އިރުޝާދަށެވެ. އަމަލު ކުރީ އެންގި ގޮތަށެވެ. ޕީއެންއެފް އުފެއްދުމުގެ ގާނޫނީ ޖަލްސާ ބޭއްވިޔަ ނުދިނުމަކީ މުއިއްޒު ބޭނުންވީ ގޮތެވެ. ސްޓެލްކޯއަށް އަންގައިގެން ކަރަންޓް ކަނޑާލާ، ގިޔާސުއްދީން ސްކޫލަށް މަޖުބޫރު ކުރުވައިގެން ޖަލްސާ ބާއްވަން ދިން ހުއްދަ ބާތިލު ކުރުވާ، ފުލުހުން ފޮނުވައިގެން ޖަލްސާ ބޭއްވިޔަނުދީ އަނިޔާވެރިވީ މުއިއްޒެވެ. ސްޓެލްކޯއެއް ގިޔާސުއްދީނެއް އެޑިއުކޭޝަނެއް ފުލުހުންނެއް ނޫނެވެ. 

    ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވާ ބައެއް ކަމަށް ދައުލަތުގެ އެންމެ މަތީވެރިކަމުގައި ހުރި މުއިއްޒު ސިފަކޮށް ކަމުން ރެކެން ޗަރުކޭސް ކުޅުނެއް ކަމަކު ފުލުހުންނަށް ވާނުވާ އޮޅިގެނެއް ނޫޅެއެވެ. މުޅި ފުލުސް މުއައްސަސާ ބަދުނާމްކޮށް އަނިޔާވެރި ބައެއް ކަމަށް ސިފަކޮށް ފުލުހުންގެ ރުހުމާ ލޯބި ލިބޭނެ ކަމަށް މުއިއްޒަށް ހީވަނީ ހެއްޔެވެ. ސިޔާސީ ގޮތުން މުއިއްޒު ގެންގުޅޭ ގުރުބާން ކަންބަޅިއަކަށް ފުލުސް މުއައްސަސާ ހަދާކަށް ފުލުހުން ތިބީ ފުރުސަތު ދޭގޮތަކަށް ނޫނެވެ. 

    ފިޔަވަޅު އަޅާވާހަކަ މުއިއްޒު ނުދައްކާށެވެ. ރައީސްގެ ސާފު އިރުޝާދެއް އޮއްވާ އެކަން ބޮލާލާޖަހާ ޕީއެންއެފް ޖަލްސާއަށް ހުރަސްއަޅަން ފުލުހުން ފޮނުވި ޕޮލިސް ކޮމިޝަނަރު މަގާމުން ވަކިކޮށްލަން މުއިއްޒަށް ކެރޭނެހެއްޔެވެ. ހޯމް މިނިސްޓަރު ސަސްޕެންޑް ކޮށްލަބަލާށެވެ. ނުވާނެއެވެ. ނުކެރޭނެއެވެ. އޭރުން ހުތުރު ގޮތަކަށް މުއިއްޒު ބަރަހާނާ ވެގެން ދާނެއެވެ. 

    ]]>
    Wed, 10 Apr 2024 19:59:21 +0500 ނިއުސް ޑެސްކް
    ޔާމީނުގެ އެންމެ ޝޮޓަކުން މުއިއްޒު ކޮށިއަރުވާލުން https://heerasnews.com/2392 https://heerasnews.com/2392 ޕީއެންއެފް އުފެއްދުމަށް ބައްވަންޖެހޭ ގާނޫނީ ޖަލްސާ ބޭއްވުމުގެ ހުރިހާ ކަމެއް ކުރިއާލާ އިންތިޒާމްކޮށް ހަމަ ޖައްސަމުން އައިސްފައިވެއެވެ. ޖަލްސާ ބޭއްވުމަށް ގިޔާސުއްދީނު ހޯލު ކުއްޔަށް ހިފާ އެތާނގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ހަމަޖެހިގެން ދިޔައީ ސިއްރަކުން ނޫނެވެ. ހޯލު ކުއްޔަށް ދިން އިރު ސްކޫލުގެ އިމްތިހާނު ބޯމަތިވެފައިވާކަމެއް ބަންދަށްފަހު ސްކޫލު ހުޅުވަން ތައްޔާރު ވާން ޖެހޭ ކަމެއް ގިޔާސުއްދީނު މެނޭޖްމަންޓަކަށް ނޭގެއެވެ.

    އިމްތިހާނަށް ތައްޔާރުވުމަށާއި ސްކޫލު ހުޅުވަން ތައްޔާރު ވުމަށް އޮތް ހަމައެކަނި ވަގުތުކޮޅަކީ ފިތުރު އީދު ވިލޭރޭ ކަމަށް ވުމުންވާނީ އެހެންތާއެވެ. ސްކޫލު ހުރިހާ ކުދިންނާއި މުއައްޒަފުންނާއި ޓީޗަރުން ހޭބޯނާރާ ސްކޫލުގައި މަސައްކަތް ކުރާނީ އީދުވިލެރޭ ވިއްޔާއެވެ. އެހުރިހާ ކަމެއް އެހެން އޮތް އިރު ސްކޫލު ހޯލު ޕީއެންސީއަށް ކުއްޔަށްދީގެން ސްކޫލު ހިންގުމަށް ހުރަސް އެޅޭކަން އެނގުނީ ޕީއެންސީން ޖަލްސާ ބާއްވަން ހޯލު ތައްޔާރުކޮށް ނިންމާ ޖަލްސާއަށް މީހުން އަންނަން ތައްޔާރުވީމައެވެ.

    ވެގެން އުޅުނީކީ އެހެނެއް ނޫނެވެ. ރައީސް ޔާމީނުގެ ޕާޓީ ރަޖިސްޓްރީ ވާތީ މުއިއްޒު މޭކެރީއެވެ. ހުޅުހުޅުން ވާގިދޫވީއެވެ. ކުރާނެ ނުކުރާނެ ކަމެއް ނޭނގުނީއެވެ. ހަދާނެ ނުހަދާނެއެއް ނޭނގިގެން ސްޓެލްކޯ ލައްވާ ގިޔާސުއްދީންގެ ކަރަންޓް ކަނޑުވާލީއެވެ. ކަރަންޓް ކަނޑުވާލުމުން އަމިއްލަ އިންޖީނަކުން ކަރަންޓް ދީގެންވެސް ޕީއެންއެފް ޖަލްސާ ބާއްވަން ތައްޔާރުވުމުން ގޮތް ހުސްވީއެވެ.

    އެހެން ކަމުން މުޅި ތައުލީމީ ނިޒާމް ހުއްޓޭ ފަދަ ނުރައްކާތެރި ކަމަކަށް ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާވެގެން އެޑިއުކޭޝަން މިނިސްޓަރ ބިމުން ކެޓިގެން އުޅެނުގަނެއެއް ނުވާނެތާއެވެ. ގިޔާސުއްދީނު ސްކޫލުގެ މެނޭޖްމަންޓަށް އަންގައިގެން ހޯލު ކުއްޔަށް ދިންދިނުން ބާތިލު ކުރުވާ ކުއްޔަށް ދެއްކިފައިސާ އަނބުރާ ޕީއެންސީއަށް ދިނުމަށް މަޖުބޫރު ކުރުވިއެވެ. ހޯލު ކުއްޔަށް ހިފުމަށް ދެއްކި ފައިސާ ރިފަންޑް ކުރަންވީ އެކައުންޓެއް އަންގަން ގިޔާސުންދީނުން ޕީއެންއެފަށް އެންގީ މެއިލަކުންނެވެ. 

    ބޭއްވުމަށް ހުއްދަނުދޭ އެއްވުމެއް ގިޔާސުއްދީނުގައި ބާއްވަން އުޅޭކަމަށްހަދާ ކުއްލިއަކަށް ގިޔާސުއްދީނު ސްކޫލު ރައްކާތެރި ކަމުގެ އޯޑަރެއް އެޑިއުކޭޝަނުން ފުލުހަށް ފޮނުވުމުން ފުލުހުން ނިކުމެ ގިޔާސުއްދީންގައި ޕީއެންސީގެ ޖަލްސާ ބޭއްވުން ހުއްޓުވިއެވެ. ގިޔާސުއްދީނު ސްކޫލް ހޯލުގައި ޖަލްސާގެ ހުރިހާކަމެއް އިންތިޒާމްކޮށް ނިންމިފަހުންނެވެ. ހުއްދަނުދޭ ޖަލްސާއެއް ގަވައިދާ ހިލާފަށް ބާއްވާކަމަށްވީ ޖަލްސާ ފަށަން މީހުން ދާންފެށި ހިސާބުންނެވެ. ބަޔަކު ގަވައިދާ ހިލާފަށް ވަދެ ސްކޫލު ހޯލުގައި ބަޔަކު ކަމެއް ކުރާކަން ސްކޫލު މެނޭޖްމަޏްޓަށާއި އެޑިއުކޭޝަނަން އެނގެނީ ޖަލްސާ ފަށަން ސުން ސިކުންތައް ވީމައެވެ. 

    ޖަލްސާއަށް މީހުންގޮސް ހަމަވުމުން ފުލުހުން ލައްވާ ޖަލްސާ ހުއްޓުވުމުން ގޮތް ހުސްވެ ޖަލްސާ ނުބާއްވާ ގެއަށް ވަންނާނެ ކަމަށް މުއިއްޒު ހީކުރި ކުރުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. ގޮށްމުށުން ފިކުރު މަރާނުލެވޭނެކަން މުއިއްޒަކަށް ނޭގުނެވެ. މުއިއްޒު ސައިޒުކޮށް ޕީއެންއެފުން އެ ޕާޓީ އުފައްދުމުގެ ގާނޫނީ ޖަލްސާ ބާއްވައިފިއެވެ. ހަމަރަނގަޅަށް މުއިއްޒު ކޮށިއަރުވާލީއެވެ.  

    ]]>
    Wed, 10 Apr 2024 18:05:24 +0500 ނިއުސް ޑެސްކް
    ފަތުރުވެރިކަމުގެ އައު ސްޓްރެޓެޖީތަކާހުރެ ބްރޭންޑް ހަލާކުވަނީ! https://heerasnews.com/2391 https://heerasnews.com/2391 ދެކުނު އޭޝިއާގައި މާކެޓިންގެ ރޮނގުން އާދަޔާ ހިލާފަށް މޮޅުކަމަށް ބެލެވޭ ގިނަ ބަޔކު ބައިވެރިވި މާކެޓަރސް ސަމިޓް 2024 މާލޭގައި ވަނީ ބާއްވާފައެވެ. މާކެޓަރސް ސަމިޓް 2024ގައި އަލަށް ތައާރަފްކުރެވޭ ބްރޭންޑް ސްޓްރެޓެޖީތަކާއި ސަރަހައްދުގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތަކާއި އުކުޅުތަކުގެ ވާހަކަ ދެކެވުނެވެ.

    ސްރީލަންކާގެ މަޝްހޫރު ވިޔަފާރި ވެރިޔާ ޑރ. ރޮހަންތާ އަތުކޮރަލާ ވެސް ބައިވެރިވި މާކެޓަރސް ސަމިޓް 2024 ގައި އަތުކޮރަލާ ފާހަގަކުރެއްވި އެއް ކަމަކީ ޓޫރިޒަމް ބަޖެޓްގެ ތިންބައިކުޅަ އެއްބައި ގެސްޓް ހައުސް ގެ ނަމުގައި އާ ޕްރޮޑަކްޓް ރޭންޖެއް ތައާރަފްކޮށްފައި އޮތުމެވެ. 13،657 އެނދުގެ ކެޕޭސިޓީއާއެކު 809 ގެސްޓް ހައުސް ހުރިއިރު ފަތުރުވެރިކަމުގެ ސިނާއަތުގެ  ޖުމްލަ ކެޕޭސިޓީގެ ގާތްގަނޑަކަށް %20 ހިއްސާ ކުރަނީ ގެސްޓްހައުސްތަކުންނެވެ. ގެސްޓްހައުސް ވިޔަފާރިތަކުން އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރެވިދާނެތޯ ޑރ. ރޮހަންތާ އަތުކޮރަލާ ސުވާލު އުފެއްދިއެވެ.

    ލަގްޒަރީ ފެންވަރުގައި ދަތުރުކުރާ ފަތުރުވެރިން  ޝައުގުވެރިވާ ގޮތްތައް ކިޔައިދެއްވަމުން އަތުކޮރަލާ އިތުރަށް ވިދާޅުވީ 176 ތަފާތު ރިސޯޓް ބްރޭންޑްތައް ރާއްޖޭގައި ހިންގަމުންދާކަމަށެވެ. ރާއްޖެއަށް ޑޮލަރުން ލިބޭ އާންދަނީގެ %60 ހިއްސާކުރަނީ ރިސޯޓްތަކުން ލިބޭ އާންދަނީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި "އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 3،000-15،000 ޑޮލަރާ ދެމެދުގެ އަގެއްގައި 43،279 އެނދު ހުރިއިރު، މިއީ ފަތުރުވެރިކަމަށް އެންމެ އެދެވޭ  މަޝްހޫރު ބްރޭންޑަކަށް ވެއްޖެ" އަތުކޮރާލާ ވިދާޅުވިއެވެ.

    ކޮންރަޑް، ވޯލްޑޯފް އެސްޓޯރިއާ، ހިލްޓަން، އަދި ރިޓްޒް ކާލްޓަން ފަދަ ދުނިޔޭގެ އަގުބޮޑު، ލަގްޒަރީ ބްރޭންޑްތައް ރޫމް ސްޓޮކަށް އިތުރު 25 ފަސެންޓަށް އިތުރު ކުރަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިއީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް ބޮޑުތަން އިތުރު ކުރެވޭނެ މަގެއްކަން ގައިމެވެ. ވަން އައިލެންޑް ވަން ހޮޓެލް ކޮންސެޕްޓް ނަގަހައްޓަން ޖެހެއެވެ.

    މާނައަކީ އަނދަވަޅެއްގެ ތެރޭގައި އަދިވެސް  އޮތް ދުނިޔޭގެ އިގްތިސާދުގައި، ވިސްނުން ތެރިކަމާއެކު ދިވެހި ރޢްޖޭގެ ފަތުރުވެެރިކަން އިސްތިހާރު ނުކޮށްފިނަމަ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނުހަނު  ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގައި ރެކިޓް ބެންކިސަރ އާއި ޔުނިލިވަރ ފަދަ އިނގިރޭސި މަލްޓިނޭޝަނަލް ކުންފުނިތަކަށް ހިދުމަތް ކޮށްފައިވާ  އަތުކޮރަލާ ފާހަގަކޮށްފައިވެއެވެ.

    ކަމަކީ ކަންބޮޑުވާންވީ ކަމެކެވެ. ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް އަނދަވަޅަކަށް ވެއްޓިއްޖެކަމުވާ ނަމަ ދިވެހިން ޖެހޭނީ ކޮން ހާއްލެއްގައިހެއްޔެވެ.

    ބަނގުރޫޓުވެފައިވާ ބްރޭންޑްތަކުގެ ވާހަކަތައް ދުނިޔޭގެ މާކެޓުގައި ފަތުއަޑުކިޔާފައި ދެކެވެއެވެ. އިބުރަތަކަށް ގިނަ ބަޔަކު އެވާހަކަ ދައްކައެވެ. ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އަގު ހިފެހެއްޓުމަށާއި ގޯސް ސަބަބަކާ ހުރެ ޔުނިވާސިޓީއެއްގެ ކޭސް ސްޓަޑީއަކަށް ނުހެދުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާ އެކަން ކަށަވަރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިއެވެ.

    ]]>
    Tue, 09 Apr 2024 17:59:14 +0500 ނިއުސް ޑެސްކް
    އެމްޑީޕީ ވެރިކަމުގައި ސައްލެ އިންދި ގަހުގެ މޭވާ ހޯރަފުއްޓަށް އޮހެނީ https://heerasnews.com/2390 https://heerasnews.com/2390 ތަންކޮޅެއްދުރުން މިވާހަކަ ފަށާނަމެވެ.

    ރައީސް މައުމޫނުގެ ވެރިކަމުގައި ހިންގި ކޯހެެއްގެ ބައިވެރިންގެ ގޮތުން އަތޮޅުތެރޭގެ ކަމުވޮށި ވަރަށް ގިނަ ބަޔަކު އަޅުގަނޑާ ގާތެވެ. އޭގެ ގިނަ މީހުންނާ އެމީހުންގެ ގިނަ ދަރިންނަކީ އެމީހުން ފެތިހަރުވެފައިވާ ނިޒާމް ބަދަލު ކުރަން ނިކުތް ޕާޓީ ކަމުގައި ވާތީ އެމްޑީޕީއާ ދެކޮޅު މީހުންނެވެ.

    ރަނގަޅަށް ވިސްނާލާއިރު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީއަކީ ޕާޓީ ނިޒާމަށް ރާއްޖެ ބަދަލު ކުރި އެމްޑީޕީ އެކަންޏެވެ. އެމްޑިޕީ އުފެދުމަށްފަހު ޕާޓީއެއްގެ ނަން ކިޔައިގެން ދެން އުޅޭ ކޮންމެ ބަޔަކީ އެމްޑީޕީއާ ދެކޮޅު މީހުންނެވެ. އެއްވެ އެއްވެފައި ރޫޅި ކުދިވެފައި އަލުން އެއްވިޔަސް އެމީހުންނަކީ އެމްޑީޕީއާ ދެކޮޅު މީހުންނެވެ.

    ފުރަތަމަ ޑީއާރުޕީއެވެ. ދެން ޒައީމް ފެކްޝަނެވެ. ޕީއޭ ކިޔަސް ޕީއެންސީ ނުވަތަ ޕީޕީއެމް ކިޔަސް އެއީ މުޅިންވެސް އެމްޑީޕީ އާ ދެކޮޅު މީހުންނެވެ. ގެއްލި ދިޔަ ވެރިކަމުގެ ލައްޒަތު ހޯދަން އެކި ފަހަރު އެކިނަން ކިޔައިގެން ނުކުމެ އުޅެނީ އެއްކަމެއް ވިއްކާށެވެ. ދީނާ ގައުމޭ ކިޔާ އަނދުނެކެވެ. ހަގީގަތަށް ވިސްނާއިރު ދީނާ ގައުމުގެ ކަންފުޅެއްވެސް ހިތަކު ނޯވެއެވެ.

    އެމްޑީޕީއަކީ އަނިޔާވެރިކަމާ ދެކޮޅު ހައްގުތަކާ މިނިވަންކަމާ ހަމަހަމަ ކަމުގެ ފަލްސަފާގެ މައްޗަށް އުފެދުނު ޕާޓީއެވެ. އެއަށްވުރެ ބޮޑު ދީނީ ވިސްނުމަކީ ކޮބައިހެއްޔެވެ؟

    ދެން އޮތީ އަސްލު މައުޟޫއެވެ.

    ނިމިދާ މަޖިލިހުގައި ހޯރަފުށި ދާއިރާ ތަމްސީލު ކުރަނީ އަދި ކުރިއަށް އޮތް ދައުރަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަކީ މަޝްހޫރު މަރްހޫމް ހޯރަފުށީ އާދަމް ސަލީމްގެ ދަރިކަލުން އަހްމަދު ސަލީމް (ސައްލެ)އެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސެވެ. އިލްމާ ހުނަރާ ބަލާޣާތްތެރިކަމާއި ފަޞާހާތްތެރި ހޯރަފުއްޓަށް އުފަން މިސާލެކެވެ.

    މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފަށަމުން ބުނި ކަހަލަ އެމްޑީޕީއާ ދެކޮޅު ކުރީގެ ރަހްމަތްތެރިޔަކާ ދިމާވިއިރު ހުރީ ރައީސް އިބޫގެ ވެރިކަން ނިންމަން ފޫގަޅާފައެވެ. އެމްޑީޕީ ދެކެ އަންނަ ރުޅިއަކުން ދީނާ ގައުމާ ހުސްގޮނޑިއާ އިންޑިއާ އައުޓްގެ އަވާގައި ޖެހި ހަފުސްވެފައެވެ.

    އަނެއްކާ ދާދި ފަހުން އިހަށް ދުވަހު އޭނާއާ މަގުމަތިން ބައްދަލުވުމާ އެކު މަޖިލިސް އިންތިހާބުގައި ތިޔަހުރީ ސައްލެއާ ދެކޮޅަށްދޯއޭ އިސްވެ އަހާލީމެވެ. މިފަހަރުގެ ޖަވާބު ތަފާތެވެ.

    މިފަހަރު ބުނީ ތިމަންނައާ މުޅި އާއިލާގެ ވޯޓް އޮތީ ސައްލޭއަށް ނިމިފާ ކަމަށެވެ. ސިހިގެން ގޮސް ބަލަ އެއީ އެމްޑީޕީ ކެންޑިޑޭޓް ނޫންހޭ އަހާލީމެވެ. ޖަވާބުގައި ބުނީ މިވޯޓަކީ އެމްޑީޕީއާ ގުޅޭ ވޯޓެއް ނޫން ކަމުގައެވެ.  

    އެއީ އެއަރޕޯރޓާއި މަގުތަކާއި ބޮޓްލިންގ ޕްލާންޓާއި ދަތުރުފަތުރާ މިހެންގޮސް ރަށު ރައްޔިތުންނަށް ފައިދާވާ ހުރިހާ ކަމެއް ނިންމީ ސައްލެއޭ ބުނެފިއެވެ. މީގެ ސަބަބުން އުފެދުނު ވަޒީފާތައް ލިބެނީ ރަށު ކުދިންނަށޭ ވެސް ބުންޏެވެ. ބަލަ ތިޔަ ހުރިހާ ކަމެއް ކުރީ އެމްޑީޕީ ސަރުކާރުން ނޫންހޭ ބުުނުމާއެކު އަނެއްކާ ރުޅި އަތުވެއްޖެއެވެ.

    އެއީ އެމްޑީޕީ ސަރުކާރުގެ މޮޅުކަމުން ނޫންކަމާ އެއީ ސައްލޭގެ ގާބިލް ކަމުން ކަމަށްބު ންޏެވެ. އޭނާ ބުނި ގޮތުން ނިމިދިޔަ ރީނދޫ މީހުންގެ ވެރިކަމުގައި  ހޯރަފުއްޓަށް އައި ތަރައްގީ 50 އަހަރާ ނުބައްދަލެވެ. އަދި އެތަރައްގީ ލިބުނު އެއްވެސް ރަށެއް މުޅި ރާއްޖޭގައި ނެތީ ސައްލޭ މޮޅުވީމާ ކަމަށް ބުނެ ސައްލެއަށް ތާއީދު ކުރަމުން އެމްޑީޕީ އާ ދިމާއަށް ބެވީއެވެ.

    މިއަދު މި ވާހަކަ ލިޔަން މިޖެހުނީ މެންދުރުފަހު އިސްވެ ފޯނުން ގުޅާފައި އެއްކަލަ ރަހުމަތްތެރިޔާ ބުނިއެއްޗަކުންނެވެ. ފުރަަތަމަ ވެސް ޖެހީ ހިނިގަނޑެކެވެ. އެއްޗެއް  ނުބުނެ ތިޔަހެނީ ކޮންކަމަކާހޭ ބުނުމުން ބުނީ ސައްލެ އިންދި ގަހަކުން އަނެއްކާ މޭވާ ލިބެން އުޅޭތީއޭ ބުންޏެވެ.

    ސައްލޭ މިތަނުގައި ހެދި ޔުނިޓަށް މުވައްޒަފުން ނަގަން ތައްޔާރުވީއޭ ބުންޏެވެ. ކޮން ޔުނިޓެއްހޭ އެހީމާ ބުނީ ކުޑަކުދިންގެ ޖޭ ޔުނިޓޭއެވެ. ނޫސްތައް ބަލާލީމާ އެނގުނީ އެއީ ހޯރަފުށީގައި ނިންމާ ހުުޅުވަން ތައްޔާރުވެފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް ކަމެވެ. އެތަނަށް މުވައްޒަފުން ނަގަން ތައްޔާރުވީއެވެ.

    ބަލަ އެއީ ސައްލޭގެ ތަނެއް ނޫނޭ އެއީ އެމްޑީޕީ ސަރުކާރުގައި ރައީސް އިބޫ ނިންމެވި ކަމެކޭ ބުނުމާއެކު ކަރަންޓްގައި ޖެހިއްޖެއެވެ. އަޑަށް ބާރުލާފައި ބުނީ އެއާލާތުން ކުރިކަމެއް ނަމަ ކޮންމެ ރަށެއްގައި މީގެ ތަނެއް ނުހަދާ މިރަށުގައި ހެދީ ސައްލޭ އޭ ބުނެފިއެވެ. ދެން ބުނީ ދުވަހަކު ވެސް އަންނި ހުރި ޕާޓީ އަކަށް ތާއީދެއް ނުކުރާނަމޭއެވެ. 

    ބަލަ އަންނި އެއީ މިހާރު އެމްޑީޕީން ވަކިވެގެން އަމިއްލަ ޕާޓީއެއް ހަދައިގެން އުޅޭ މީހެއް ނޫންހޭ ބުނުމުން އިރުކޮޅަކު ހުރެފާ ބުނީ އެހެން ވިޔަސް އެމްޑީޕީއަށް ތާއީދެއް ނުކުރާނަމޭ އެކަމަކު މިފަހަރު ބޮޑު ތަފާތަކުން ސައްލޭ ހޮވާނަމޭއެވެ. 

    އެއްޗެއް ބުނަން އަނގަ ހުޅުވާލިއިރު އިވެނީ އެހެން ބުނި ގޮތަށް ފޯނު ކަނޑާލީމާ އިވޭ ޕީޕީ އަޑެވެ.

    ]]>
    Mon, 08 Apr 2024 21:14:48 +0500 ނިއުސް ޑެސްކް
    ހަމްދާނު ޝަކީލަށް: އެމްޑީޕީން ސްލަމެކޭ ފޮޅެލެކޭ ނުކިޔާ! https://heerasnews.com/2385 https://heerasnews.com/2385 މުއިއްޒު ވެރިކަމަށް އައިސް އަދި ރައްޔިތަކަށް ކޮށްދެވުނު ކަމެއްނެތެވެ. ކަމެއް ކޮށްދޭން އުޅޭތަނެއްވެސް ނުފެނެއެވެ. މުއިއްޒު ކަންކަމަށް އިސްކޮށްފައި ތިބިހާ ބަޔަކާއި މުއިއްޒުގެ ރޭޔާދުވާލުގެ މަސައްކަތަކީ ކުރީ ސަރުކާރު ކިޔާލަ ކިޔާލާ ތިބުމެވެ. ކޮންމެ މީހަކު އައުގޮތަކަށް މޮޅުގޮތަކަށް ކުރީ ސަރުކާރޭ ކިޔައިގެން މީޑިއާގައި ވާހަކައެއް ބުނެލެވުނީމާ އެއީ ދެން މާގަދަ މީހެކެވެ. 

    ތެދު ވައްތަރަށް ބޮޑު ދޮގެއް ހަދާފައި އެއްވާނަކަށް އެންމެން އެކްސްގައި ޓްވީޓް ކޮށްގަތީމާ އެހުރީ ގައުމު ހިންގިފައެވެ. ހިންގާ ތަރައްގީގެ ޕްރޮޖެކްޓް ބުނެދެނީ ނަންބަރުންނޯލައެވެ. އެއްވާހަކައެއް އެކިވަޒީރުން ނަންބަރުން ބުނެދެނީ އެކި ވަރަށެވެ. ރައްޔިތުންނަށްޓަކާ ކުރަންފެށި އައު ކަމެއް ނެތް އިރު ކުރީ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާކަންކަން ނުކޮށްތިބެ ދިޔާކުރާ އަނގައަކުން ކަންކަން އޮޅުވަނުލެވޭނެ ކަމެއް ނޭގެއެވެ.      

    ބޯހިޔާވަހިކަމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ވަނީ ސްލަމް ތަކެއް އުފައްދަން މަސައްކަތް ކޮށްފާ ކަމަށް ބުނެ ފަހިދިރިއުޅުން ކުންފުނީގެ އެމްޑީ ހަމްދާނު ޝަކީލު ވަނީ ފިތުނަވެރި ވާހަކައެއް ދައްކާފައެވެ. ހަމްދާނު ސިފައެކުރާ ފަގީރު އަވަށްގަނޑުގައި އެމްޑީޕީ ސަރުކާރުން އަޅާ ފްލެޓްތަކުގައި ދެކޮޓަރީގެ އެޕާރޓްމަންޓެއްގައި 750 އަކަ ފޫޓް ހުރެއެވެ. ތިންކޮޓަރީގެ އެޕަރޓްމަންޓެއްގައި 900 އަކަފޫޓް ހުރެއެވެ. އެޕާރޓްމަންޓްތައް ތަނަވަސްވެފައި ފުރިހަމައެވެ. އެތަންތާ މީހުން ދިރިއުޅެން ފެށުމުގެ ކުރީން ބޭނުންވާ ހޮސްޕިޓަލާއި ސްކޫލާއި މިސްކިތައް އަޅާނެ ޖާގަ އޮތީ ހަމަޖެހިފައެވެ. ވެރިކަން ބަދަލުވުމުން އޮތްކަމެއް ނެތްކަމަށް ހަދައިގެން އަގަދިޔާ ކުރިޔަސް ހަގީގަތުގައި އަތެއް ނޭޅޭނެއެވެ.

    ރައީސް ޔާމީނުގެ ވެރިކަން ނިމުނުއިރު ހަމްދާނު ޝަކީލުމެން ފަހުރުވެރިވާ ހިޔާ ޓަވަރުތަކާއި ފޭސް ދޭއްގެހާލަތު މާގޯހެވެ. ހިޔާ ޓަވަރުގެ ދެކޮޓަރީގެ ފްލެޓެއްގެ ސައިޒަކީ 500 އަކަ ފޫޓެވެ. އަރާފައިބަން ހުރި ލިފްޓްގެ އަދަދާ ސައިޒް އެހުރީ ފެންނާށެވެ. ވިޔާފާރިއާއި އަސާސީ ބޭނުން ތަކަށް އެއްވެސް ޓަވަރެއްގައި ހާއްސަ ކުރެވިފައިވާ ތަނެއް ނެތެވެ. ސްކޫލެއް މިސްކިތެއް ފޭސް ދޭއްގައިނެތެވެ. މަގުތަކެއް ނުހެދެއެވެ. 

    ރައީސް ސޯލިހުވެރިކަމަށް ވަޑައިގެން ހިޔާ ޓަވަރު ތަކުގައި އަސާސީ ބޭނުން ތަކަށް ޖާގަ ހައްދަވާ ޓަވަރުތަކަށް މީހުން ވައްދާ މިސްކިތާއި ސްކޫލު އިމާރާތް ކުރައްވާ މަގުތައް ހައްދަވާ ނިންމެވިއެވެ. ސްލަމެކޭ ފަޅޮލެކޭ ނިކިޔައެވެ.

    ]]>
    Mon, 08 Apr 2024 20:01:09 +0500 ނިއުސް ޑެސްކް
    ޔާމީނަށް ވުރެވެސް ޔާމީނަށް ވަފާތެރީ އަދުރޭ! https://heerasnews.com/2389 https://heerasnews.com/2389 މުއިއްޒުގެ ރޯލު މޮޑެލް އަދުރޭ ބޭނުންވީ ގޮތަށް މުއިއްޒު ސަރުކާރު ވެރިކަމަށް އަންނަން ވިއްކީ ޔާމީނެވެ. ޔާމީނު މިނިވަން ކުރުމެވެ. ހަރާން ހުކުމެވެ. ވޯޓުދިނީ ޔާމީނުގެ ސަޕޯޓަރުންނެވެ. ހަގީގަތް ބަދަލުކުރަން އުޅުނަސް އެއްޔަކީ ބަދަލުވާކަށް އޮތް ހަގީގަތެއް ނޫނެވެ. 

    ކޯޓުން ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުން ރައީސް ޔާމީނު ނުނިކުންނަވަނީސް ހުކުމް ހަރާން ކަމަށް ފުރަތަމަ ބުނީވެސް އަދުރޭއެވެ. އަދުރޭގެ އެބުނުމާއެކު ޔާމީނަށް ކުރި ހުކުން ޕީޕީއެމް-ޕީއެންސީއަށް ހަރާން ވެއްޖެއެވެ. ކޯޓު ހުކުމަށްވުރެ އަދުރޭގެ ހުކުން ވަރުގަދަ ވެއްޖެއެވެ. 

    ރައީސް ޔާމީނަށް ކުރި ހުކުން ހަރާން ހުކުމެއްގެ ގޮތުގައި އޮތީ މުއިއްޒު ރައީސްކަމަށް އިންތިހާބު ވަންދެނެވެ. މުއިއްޒު ވެރިކަމަށް ހުވާކުރުމާއެކު ހުކުމް ހަލާލު ވެއްޖެއެވެ. ހުކުމާ ކޯޓާ މަތިވެއްޖެއެވެ. ވާހަކައިގެ ރާގު ބަދަލުވެއްޖެއެވެ. 

    ރައީސް ޔާމީނު ބޭނުންފުޅުވަނީ މައުސޫމު ބޭފުޅެއްކަން ސާބިތުކޮށްދީގެން މިނިވަންވެ ވަޑައިގަތުމަށް ކަމަށް ސަރުކާރުގެ އިސްވެރިންނަށް މިހާރު ވެއްޖެއެވެ. ޔާމީނު މިނިވަން ވާންޖެހެނީ ޝަރީއަތުގެ ތެރޭން ކަމަށް ބުނެ ޔާމީނު މިނިވަން ކުރުމަކީ ކަމެއް ނޫންކަމަށް މުއިއްޒަށް ވެއްޖެއެވެ. 

    ހައްގުނޫން އަނިޔާއެއް އަދަބެއް އެއްވެސް މީހަކަށް ލިބޭކަން އެނގިހުރެ އެކަން ނުހުއްޓުވާ ހުންނާކަށް ގާނޫނު އަސާސީއާއި ރައްޔިތުން ރައީސަށް ހުއްދައެއް ނުކުރެއެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ހަރާން ހުކުމެއްކަމަށް ރައްޔިތުން އޮތީ ނިންމާފައެވެ. ރައީސް ޔާމީނަށް އިއްވި ހުކުން ހަރާންވެގެން ޔާމީނު މިނިވަންކުރަން ވެރިކަމަށް ނިކުތް މުއިއްޒު ވެރިކަމަށް ހޮވުމުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޔާމީނު މިނިވަން ކުރުމެވެ. ޝަރީއަތޭ ކޯޓުތަކޭ ކިޔާކަށް ޖާގައެއް ނެތެވެ. 

    ރައީސް ޔާމީނު ބަންދެއްގައި ހުންނަވާތީ މުއިއްޒާއި އަދުރޭއާއި ޝީޔާމް ފަދަ މީސް މީހުންގެ ލޮލުން ކަރުނަ ނުހިކެއެވެ. ހަމަ ނިދި ނުނިދެއެވެ. ވާލޯބިންނާ ކުރާ ހިތާމައިންނެވެ. ދޭތެރެ ދޭތެރެއިން ބައިހަދާފާ ނިކުމެ ރައީސް ޔާމީނަށް ކޮޅުދޮށިން ދެނީ ވާލޯބީގެ ބޮޑުކަމުންނެވެ.

    އާރެއް ބާރެއް ދެވޭނެ މަގާމެއް ހޯދާދެވޭނެ ހައިބަތެއް ނެތް ހާލަތުގައި ރައިސް ޔާމީނައިގެން އުޅޭ ޑރ. ޖަމީލާއި މަލީހާއި ހުސައިން ވަހީދާއި ޑރ. އަބްދުއްލާ މެންނަކީ ގައްދާރުންނޭ އަދުރޭ ބުނީމާ ރައިސް ޔާމީންވީ އެމީހުން ފައްސާ ނަގާލާށެވެ.  ރައީސް ޔާމީނު ބަންދުގައި ބަހައްޓައިގެން ރައީސް ޔާމީނަށް އެންމެ ވަފާތެރީ ތިމަންނަމެންނޭ ކިޔާ އެހެން ބަޔަކާ ދިމާއަށް ބޭވަފާތެރި ކަމުގެ އިނގިލި ދިއްކުރަން ލަދު ނުގަންނަކަމެވެ. ވެރިކަމުގެ އިއްޒަތާ ލައްޒަތާ ފެނުމުން ކާންދިން އަތުގައި ދަތް އެޅުމަކީ އައުކަމެއް ނޫނެވެ. 

    ރައީސް ޔާމީނު އަރިހުގައި ވީހާލެއްގައި ވެގެން އުޅޭ މީހުނަށް ވުރެ އަދުރޭމެން ރައީސް ޔާމީނަށް ވަފާތެރިއެވެ. އަނބި ކަނބަލުން މެޑަމް ފާތުންއާއި ދަރިކަލުން ޒައިންއަށް ވުރެ އަދުރޭމެން ރައީސް ޔާމީނަށް ވަފާތެރިއެވެ. ރައީސް ޔާމީނަށް ވުރެވެސް ޔާމީނަށް އަދުރޭމެން ވަފާތެރިއެވެ. 

    ]]>
    Mon, 08 Apr 2024 19:03:07 +0500 ނިއުސް ޑެސްކް
    މެޓްރިކްސް 5 : ސިނަމާތަކަށް އަންނަނީ https://heerasnews.com/2388 https://heerasnews.com/2388 މަޝްހޫރު ހޮލީވުޑް ފިލްމު ފްރެންޗައިޒް “މެޓްރިކްސް" ގެ އިތުރު ފިލްމެއް ހަދަން ނިންމިކަން އިއުލާންކޮށްފިއެވެ.

    ވޯނާ ބްރަދާސް އިން ގެނެސްދޭ ބުނެފައިވާގޮތުަގައި މެޓްރިކްސްގެ ފަސް ވަނަ ބައި ލިޔެ، ޑައިރެކްޓްކުރުމަށް ނިންމާފައިވަނީ ހަވާލުކޮށްފައި ވަނީ ފިލްމަކީ 2018 ވަނަ އަހަރު ނެރުނު "ބޭޑް ޓައިމްސް އެޓް ދި އެލް ރޯޔޭލް" ގެ ޑައިރެކްޓަރ ޑްރޫ ގޮޑާޑްއާ އެވެ. 

    މެޓްރިކްސް" ގެ އެންމެ ފަހުން ނެރުނު ފިލްމް ނެރެފައިވަނީ 2021 ވަނަ އަހަރުއެވެ. އެއީ މެޓްރިކްސްގެ 4 ވަނަ ބައި ކަމުގައިވާ "ރިސަރެކްސްޝަން" އެވެ. 

    "މެޓްރިކްސް 5" އާއި ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް ހާމަކޮސްފައިނުވާއިރު، ފިލްމުގެ މަސައްކަތް ފަށާނެ ތާރީހަކާއި ފިލްމް ޕްރީމިއާ ކުރާނެ ތާރީހެއް އަދި ނޭނގެއެވެ.

    ]]>
    Sun, 07 Apr 2024 20:56:06 +0500 ނިއުސް ޑެސްކް
    އަދުރޭމެންގެ ތެރޭގައިތިބީ ޔާމީނަށް ގައްދާރުން! https://heerasnews.com/2387 https://heerasnews.com/2387 މެޑަމް ފާތުންއޭ ޒައިންނޭ މުޒާހަރާއޭ ކިޔާ އަނގަހުޅުވަން އަދުރޭ ލަދު ހަޔާތް ނުގަންނަ ކަމެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ނެތް މޮޅުކައިގެން ރައީސް ޔާމީނު ތޭރިތަކުގެ ފަހަތަށް ފޮނުވާލައިގެން ތިބެ އަނެއްކާ ދައުލަތް އިރާ ވީދާކަމުން ރައީސް ޔާމީނުގެ ވަފާތެރިންނަކީ ތިމަންނަމެނޭ ބުނަން ލަދު ނުގަންނަ ކަމެވެ. 

    ރައީސް ޔާމީނު ޖަލުގައި އޮންނެވުމުން މިނިވަން ކުރުމަށް ގޮވާލާ މަދު މީސްކޮޅެއް މުޒާހަރާ ކުރިއެވެ. ގިނަ ރޭރޭ ތިރީހަކަށް މީހުން ހަމައެއް ނުވެއެވެ. މުޒާހަރާއަށް ގިނައިން ނިކުމެ އުޅުނީ ސާޅިހަށްވުރެ އުމުރުން މަތިވެފައިތިބި އަންހެނުން ކޮޅެކެވެ. މަދުމަދުން ޕީޕީއެމް ލީޑަރޝީޕްގެ މީހުން ފެނިލައެވެ. ގިނަ ރޭރޭ މުޒާހަރާގައި ދެގަޑިއެއް ހާއިރަށްވުރެ ގިނައެއް ނުވާނެއެވެ. 

    ރައީސް ޔާމީނު ވިދާޅުވީ ރަނގަޅަށެވެ. ހަރުތަނެއްގައި ޖެހެލާ ވަރަށް ރައީސް ޔާމީނު މިނިވަން ކުރަން މަސައްކަތެއް ނުކުރެއެވެ. ޕީޕީއެމް ލީޑަރޝީޕްގެ ކޮންމެ މީހަކުވެސް ހުރީ ރިޔާސީ ޓިކެޓަށް ކަޅިއަޅައިގެންނެވެ. ރައިސް ޔާމީނުގެ ނަން ބޭނުންކުރީ ސަޕޯޓް ބޭސް ހިފެހެއްޓުމަށެވެ. 

    ސިޓީ ކައުންސިލް ތެރޭގައި މުއިއްޒުއައީ ޕްރޮގްރަސިވް ކޯލިޝަންގެ ޓީކެޓަށް ދޮންކުރަމުންނެވެ. ސައީދާއި ގައްސާނާއި ޝިޔާމައި އާދަމް ޝަރީފުވެސް ތިބީ ދަނޑިވަޅު ބަލާށެވެ. ޑރ. ވަހީދާ ޑރ. ޖަމީލަކީ ލީޑަރޝީޕްގެ ބޭފުޅުން ހިތްޕުޅާވާ ދެބޭފުޅުންނަކަށް ނުވެއެވެ. އިލްމާ ތަޖުރިބާގެ ގޮތުން ޑރ. ވަހީދާއި ޑރ. ޖަމީލާ ފަތިގަނޑު ފިރުކާލެވޭ ވަރުގެ ހަމައެކަކު ނެތުމުން އެ ދެބޭފުޅުން ތިއްބެވީ އެކަހެރި ކޮށްފައެވެ. 

    މުޒާހަރާއަކުން ނުވަތަ މީޑިއާގެ ތެރެއިންވިޔަސް ޑރ. ވަހީދާއި ޑރ. ޖަމީލަށް މަގުބޫލު ކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަކަނުދެއެވެ. ރައީސް ޔާމީނު ނެތް ތަނެއްގައި ވެރިކަމެއް ކުރުމަށް އެންމެ ކުފޫހަމަ ދެބޭފުޅުން ގޮތުގައި ޕްރޮގްރެސިވް ކޯލީޝަންގައި ތިއްބެވީ ޑރ. ވަހީދާއި ޑރ. ޖަމީލު ކަން ލީޑަރޝިޕަށް އެނގެއެވެ. 

    ރައީސް ޔާމީނަށް މާބޮޑު ވަފާތެރިއެއް ކަމަށް ހެދިގެން ހުރެ މުއިއްޒު އަތުން މަހު މުސާރަ ނަގަމުން އަދުރޭ ގެންދިޔައީ މުއިއްޒަށް ރިޔާސީ ޓީކެޓް ފައްކާކޮށްދެމުންނެވެ. ދެ ދުވަހުން އެއްދުވަހު މީޑީއާއަށް މިބައިގަޑު އަރާ ކަރުން ނާރުހިލި އަޑު ކޫރެންދެން ތިމަންމެންގެ ކެންޑިޑޭޓަކީ ރައީސް ޔާމީނޭ ރާގު ރާގަށް ފަހަރަކު މީހަކު ކިޔަމުން ދިޔައީ ނިފާގު ކަމުން ފޯވެގެން ތިބެއެވެ. 

    ރައީސް ޔާމީނަށް ވާދަކުރެވޭ ކުރެވޭ ގޮތަށް ނިކުމެ ނިކުމެ އޮތް ހުކުން ރެއަކަށް އިރު އޮއްސިފަ އިރުއެރި އިރު ބަދަލު ވެގެން ދިޔައީ ފަހުވަގުތު ޕީޕީއެމް ތައްގަޑު ގެއްލުނު ގޮތަށެވެ. ރައީސް ޔާމީނަށާއި ޕީޕީއެމް ސަޕޯޓަރުންނަށް ދޯކާދީ ރައީސް ޔާމީނުގެ ހިޔަނިން ވެރިކަން ހޯދީ ހީލަތާއި އޮޅުވާލުމާއި ދޮގާ މަކަރުންނެވެ.

    އަދުރޭގެ ހީލަތްތެރި މަޅިއަށް ޝިޔާމާއި ގައްސާނާއި ސައީދާއި އާދަން ޝަރީފް ވެސް މަހާލައިގެން މީހަކަށްޓަކާ އަނެއް ފަސްއަހަރު މަގުމަތީގައި ނުތިބެ ޖެހުނު ދިމާލަކުން ދައުލަތް ނޮޅާކާން އެތިބީ ފޫގަޅައިގެންނެވެ. އެމީހުނަށް ކޮން ޔާމީނެއް ހެއްޔެވެ. ކޮން މުއިއްޒެއް ހެއްޔެވެ. މުއިއްޒު ވައްޓާލާ ސެންބެ ކިއްކުރަން ހެއްޔެވެ. ބޮލުރޮދި ނަންނަ ވެރިކަމުގައި ހުއްޓަސް ތިބޭނީ ދޫލާށެވެ.   

    ]]>
    Sun, 07 Apr 2024 17:24:35 +0500 ނިއުސް ޑެސްކް
    ޕީޖީ ޝަމީމު ވެސް ކޮސްގޮވާތަ؟ https://heerasnews.com/2386 https://heerasnews.com/2386 ރަސްދޫ ބުލީ ގެ ދުވަސްވަރު ޕީޖީ ޝަމީމުގެ ބަހެއްވެސް އެބައިވެއެވެ. އަހަރުމެން ކުޑައިރުވެސް ކުށްކުރެވިފައި ހުންނާނެ އޭ، އެއީ ދެން އެވަރު ކަމެއް ނޫނޭ ޝަމީމު ވިދާޅުވާ ފަދައެވެ.

    އެހެން ވިއްޔާ ޝަމީމު ކުޑައިރު ނިސްބަތްވެގެން އުޅުނު ގޭންގް ތަކަކީ ކޮބައިބާވައެވެ؟ ޝަމީމު ކުޑައިރު ކިތައް ކިލޯ މަސްތުވާތަކެތި ޓްރެފިކް ކޮށްދީ ކިހާވަރަކަށް މަސްތަށް ދެވިހިފި ބާވައެވެ. ކިތައް މީހުން އަތުން ޝަމީމު ކުޑައިރު ފޭރުނު ހަނދާނެއް ވޭބާވައެވެ. ނޫނީ ކުޑައިރު ކުރެވުނު ކުށުގެ ގޮތުގައި ޝަމީމު ކިތައް މީހުން މަރާލުމުގައި ބައިވެރިވެ މީހުންގެ ގަޔަށް ކިތައް ފަހަރު ވަޅިޖެހި ބާވައެވެ؟

    މިކިޔަނީ މިހާރުގެ ކުޑަކުދިންނަށް ކުޑައިރު ކުރެވޭ ކުއްތަކުގެ ވާހަކައެވެ.

    ޕީޖީ ޝަމީމު އަރިހު ދަންނަވަމެވެ. މިއީ ޝަމީމު ކުޑައިރުގެ ދުނިޔެއެއް ނޫނެވެ. ދުނިޔޭގެ ގަައުމު ތަކުން ވެސް ކަންކުރަނީ މިހެންނޭ ޝަމީމު އެބަވިދާޅުވެއެވެ. ތިޔަ ބުނާ ދުނިޔެއެއްގައި އޮތް ރަނގަޅު ގައުމަކީ ކޮބަައިހެއްޔެވެ؟ ގާޒާގަައި އިންސާނުން އެތިބަ ވީދާ ނޮޅަނީ ތިޔަބުނާ ދުނިޔެ އޯކޭ ވެގެންނެވެ. އަންހެނެއް ކުޑަކުއްޖެއް މުސްކުޅިއެއް ނުބަލާ އެ ހިންގާ ޖަރީމާތަކަށް ހިނިގަޅަމުން މާތަހުޒީބު ބައެއް ކަމަށް ދައުވާ ކުރާ ދުނިޔެއިން މިސާލު ނުނަގާށެވެ.

    އެންމެ ނުލަފައީ ތަންތަނުގެ ވެރިންނަށް ބޮޑެތި މަގާމު ތަކުގައި ކޯޓްފަޓްލޫނުގައި އެތިބަ މީހުންނެވެ. ފޭރާ ދަތާ ވަކިތަކާ ކެހެރި ފަޅާފައި ހުރީ ހަންގަނޑުގެ ދަށުން ހަށިގަނޑުގެ އެތެރެ ފުށަށޭ ހިތަށް އަރާ ވެރިން ތަކެކެވެ. ރާއްޖޭގައި ނަމަ ޝަމީމުމެން މުއިއްޒުމެން ކަަހަލަ އިއްޒަތްތެރި ވެރިންނެވެ.

    ވެރިންގައި ނެތް ކަމެއް ރައްޔިތުންނާ މުޖުތަމައަކުން ނުފެންނާނެއެވެ. މައިންބަފައިން ނުބައިވީމާ ދަރިންވާން އޮންނާނީ ކޮންރަނގަޅެއް ހެއްޔެވެ.

    ކުޑައިރު ކުރެވޭ ކުށޭ ދުނިޔޭގެ ގައުމުތަކޭ ވިދާޅުނުވެ ޒަމާން އޮތްބަޅަށް ޝަމީމު ވެސް ބަޅުވެގެން ހުންނަވާށެވެ.

    ]]>
    Sun, 07 Apr 2024 16:00:16 +0500 ނިއުސް ޑެސްކް
    މުއިއްޒު ހިލޭ ދިނީ ރާޖޫއަށް ރަންވަޅެއް! https://heerasnews.com/2384 https://heerasnews.com/2384 ހުޅުލޭ އެއަރޕޯޓް ހިންގަން އެންމެ 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިނުމުން ކޮށިއަރައިގެން ރޭނިދި ނުނިދިގެން ބަޔަކު އުޅުނެވެ. މާލޭ ބިމުން ދިވެހިންގެ ބަޔަކަށް ދިހަހާސްއަކަފޫޓް ހަމަ ނުވާ ހައެއްކަ ބިން ސަރުކާރުން ވިއްކައިގެން ހީވީ ބޮލަށް ބެރިވެއްޓިގެން އުޅުނުހެންނެވެ. ނިތްކުރީގައި ފޮތި އައްސައިގެން މޫދުން ވުލޫކޮށްގެން ގޮށްމުށް ކަވައިގެން ނިކުމެ ޖީއެމްއާރު ބޭރުކޮށްލި ބަގަ މިހާރު މަރުވެ ދިޔައީ ހެއްޔެވެ. މާލޭން ވިއްކި ބިންތައް އަތުލާ ރާއްޖޭގެ ބިމުން އަކަ ކައިވަތެއް ދިވެއްސަކަށް ވިޔަސް ބޭރު ބަޔަކަށް ވިއްކިޔަ ނުދޭން ފޫގަޅައިގެން ނިކުތް މީހުން ގަނޑު މިހާރު ތިބީ ލޮލަށް މިރުސް އެޅިފައިހެއްޔެވެ. 

    ދިވެހިންގެ ރާއްޖެ ރާޖޫ ރާއްޖެއަށް ވެގެންދާތަން ދެކޭ މީހަކު ނޫޅެއެވެ. ހައްދަވައިގެން ކަމެއް ނުކޮށްދީ ލޯލާރިއެއްވެސް ދައުލަތަށް ނުދައްކާ ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން އެތައް ހެކްޓަރު ބިން މުއިއްޒު ރާޖޫއަށްދީ ނިންމަލައިފިއެވެ. އެވެސް ހުޅުމާލެއިންނެވެ. ބަޔަކަށް ކަހާތަން ހިރުވާވެސް ނުލައެވެ. މައުމޫނާއި ގާސިމާއި އުއްޗުމެނަށް ކުކުރާވެސް ނުލާ ތިބެވޭހެއްޔެވެ. ކެކިއެރި ގައުމިއްޔަތާއި މިނިވަންކަމާއި ގައުމީ ތަރިކަ އޮތީ ހޭނުލެވޭ ވަރަށް ނިދާފައިހެއްޔެވެ.  

    ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން ހިއްކާފައި ހުޅުމާލޭން މާސިންގާ ދެބިން ރާޖޫއަށް މުއިއްޒު މިދިނީ ދިވެހިރާއްޖެއަކީ މުއިއްޒުގެ މައިފުށުން ލިބުނު ތަރިކަ މުދާ ގަނޑަކަށް ވެގެން ހެއްޔެވެ. ހުޅުމާލެ ބިމަކީ މުއިއްޒު ވެރިކަމުގައި މުއިއްޒު ހިއްކާފައި އޮތްތަނެއް ނަމަވެސް ރަނގަޅެވެ. މުއިއްޒު މަސައްކަތުން ހޯދި ފައިސާއަކުން ހިއްކިތަނެއް ނަމަވެސް ރަނގަޅެވެ. 

    ހިއްކާފައި އޮތް ބިމެއް ރާޖޫއަށް ބިމެއް ހިއްކާ މަތިން ދޭކަށް ނުޖެހެއެވެ. ރާޖޫލައްވާ ހިލޭ ބިމެއް ހިއްކައިގެން އެތަނުން ބިމެއް ދޭނަމަވެސް ރަނގަޅުތާއެވެ. ޔާމީނު ވިދާޅުވާހެން އަތުގައި ވަސީލަތެއް ފައިސާއެއް އިކްއިޕްމެންޓެއް ނެތް ފަރާތަކަށް ބިން ހިއްކަދޭ މަތިން ބަޔަކު ހިއްކާފައި އޮތްތަނެއް ދޭކަށް ނުޖެހެއެވެ. 99 އަހަރަށް ދީގެން މިއުޅެނީ ކުޑަކުޑަ ތަންކޮޅެއް ނޫނެވެ. ހުޅުމާލޭ ފޭސް 1ގެ ދެބަކުޅަ އެއްބައިހާ ބިމެވެ. 

    ފުށިދިއްގަރުފަޅާ އަޅުވާ ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން ރާޖޫއަށް ހިލޭ ސާބަހަށް މާސިންގާ ދެބިން ހިލޭ ދީގެން މުއިއްޒު މިއުޅެނީ ރައްޔިތުންގެ ކަރު ބުޑަށް އަތްބަނައި ގޮހޮރު ދަމައިގަނެ ހަނާކޮށްގެން ކަލާށެވެ. އެންމެން މިތިބީ ލޮލަށް މިރުސް އެޅިފައިހެއްޔެވެ. 

    ތިނަދޫ އެއަރޕޯޓޭ ކިޔައިގެން ބަޔަކަށް 12 ފަޅުރަށް ދީފިއެވެ. ބަންކަރިންނޭ ކިޔައިގެން އިހަވަންދިއްޕޮޅު ބަޔަކަށް ހިބައިން ދީފިއެވެ. ފުޑް ސެކިއުރިޓީއޭ ކިޔައިގެން އުތުރުތިލަފަޅު ޗައިނާ ކުންފުންޏަކަށް ދީފިއެވެ. ރާޖޫއަށް ހުޅުމާލެއެވެ. ވެރިކަމަށް ހަމަސްނުވެ މުޅި ރާއްޖެ ކޮށާކައި ހުސްކޮށްލަނީއެވެ. 

    މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފަސް އަހަރުގެ ވެރިކަމެއް މުއިއްޒުކޮށް ނިންމާލަން ފުރުސަތު ލިބިއްޖެނަމަ ދިވެހިން ތިބޭނީ ރާޖޫމެންގެ ތުނބުން ވެއްޓޭ ބަތްފުށް ހޮވާކާން ބިމަށް ތުން ހެރިފައެވެ. 

    ]]>
    Sat, 06 Apr 2024 16:10:40 +0500 ނިއުސް ޑެސްކް
    ރަސްދޫ މިސްކިތުން ދިވެހިންގެރާޖޫ ފެނިއްޖެ https://heerasnews.com/2383 https://heerasnews.com/2383 އެއީ ވަކި ރަސްދޫގެ ހާލަތެއް ނޫނެވެ. ހުރިހާ ރަށެއްވެސް ދާދި އެއްގޮތެވެ. ކުޑަކުދިންގެ އަހުލާގު ނެތެމުން ގޮސް މުޅި ރާއްޖޭގެ ސްކޫލް ތަކުގައި އެއް ހާލަތެކެވެ. އަދަބެއް ސަދަބެއް އިހުތިރާމެއް ނެތި ޓީޗަރުންގެ އަތުން ވީއްލެމުންދާ "ކްލާސް ގޭންގް" ތަކާ ގްރޫޕް ތަކެވެ. 

    އެއިން ކަމެއްގައި ފިޔަވަޅެއް އަޅަން ބިރުގަންނަ ވަރަށް ހައްގުތައް ހިމާޔަތް ކުރެވި ގާނޫނުން ބަނދެވިފައެވެ. ކުއްޖަކު ޝަކުވާ އެއްކޮށްފި ނަމަ ތަނެއް ދޮރެއް ނުބަލާ މައިން  ބަފައިން އައިސް ކުނި ހުތުރު ބަސްތަކުން އެންމެންގެ ކުރިމަތީ ޓީޗަރުމީހާ "ގިރުވާލަނީ" ދަރިފުޅުގެ ކުރިމަތީގައެވެ.  

    ކޮންމެ ކަމެއްގައި ވެސް ހިތުގެ އެންމެ އަޑިން ފިލުވާލާ ހަސަދަ އޮންނަނީ ސިޔާސީ ޕާޓީ ތަކުގެ ސަޕޯރޓާ ގުޅިފައެވެ. އިންތިހާބެެއްގައި ކަންވެފައި އޮންނަ ގޮތުން އައިރުޅި އުތުރި އަރަނީއެވެ.

    ބުނަމެވެ. ކުޑަކުދިންގެ ކިބައިގައި ހުންނާނީ މުޖުތަމައުގައި ހުރިގޮތެކެވެ. އެކުދިންގެ ކިބައިން ފެންނަ ސިފަތަކަކީ މާދަމާގެ ޖީލު އޮންނާނެ ގޮތެވެ.

    ވާނީ ވެސް އެހެންނެވެ. ހެޔޮރަނގަޅު ތަރުބިއްޔަތެއް ދެވޭކަށް ނެތެވެ. އެކިއެކި ވަރުގެ ގާނޫނުތައް ހަދާފައި ހުރީ 13 އަހަރުގެ ކުއްޖާ ބަޑި ހިފައިގެން ވަދެ ކްލާސް މޭޓުންނާއި  ޓީޗަރު މީހާ ގަޔަށް ބަޑިޖަހާ މަރާ ގައުމުތައް ރުހޭ ގޮތަށެވެ. 

    ގާނޫނު ބުނާ ގޮތުން މީލާދީ ގޮތުން ކުއްޖާއަށް 18 އަހަރު ފުރޭ ރޭގެ މެންދަމު 12 ގަޑި ސުންމިނެޓް ނުވާ ނަމަ އެއީ ކުޑަކުދިންނެވެ. އޭގެ ކުރިން ބާލިގުވެ ޖިންސީ އެދުންވެރިކަން އިންސާނުންގައި ހިނގާނެ ކަމެއް އެ ގާނޫނު ގަބޫލެއް ނުކުރެއެވެ. އެ ގާނޫނުން ދޭހަކުރާ ގޮތުން، ހުރިހާ ވާނެއް އަރަނީ 18 އަހަރު ފުރޭ ރޭގެ މެންދަމު 12 ޖަހާ އިރު ކުއްލި އަކަށް ކުއްޖާގައިން އެލާމެއް އަޅާފައެވެ. 18 އަހަރު ނުފުރޭ ކުއްޖާ މީހުން ފަހާ ދުވިޔަސް އެއީ ކުށެއްނެތް ކުޑަކުއްޖެކެވެ.  

    އަޖައިބެކެވެ. މުޖުތަމަޢުގައި މާސިންގާ ވެފައިތިބި ބޮޑެތި މީހުން ވެސް ކުރާ ކަހަލަ ނުވަތަ އެއަށްވުރެ ހުތުރު ޖަރީމާ ހިންގިޔަސް 18 އަހަރު ނުވަންޏާ އެއީ ކުޑަކުދިންނެވެ. މާރާމާރީ ހިންގާ މަގުފޭރި ވައްކަންކޮށް ޑްރަގް ޑީލްކޮށް ޑްރަގް ބޭނުން ކުރިޔަސް ވަރިހަމައެވެ. އެއީ ކުޑަކުދިންނެވެ. ހުޅުމާލެ ފޭސް 2ގައި އަނިޔާކޮށް ކުއްޖަކު މަރާ ގަބުރަށް އެއްޖިންސުން ގުޅުން ހިންގި ޖަރީމާގައި ވެސް އަތްދަށު ކެޔޮޅަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ. 

    ކުޑަކުދިން ކުރާކަން ކަމަށް ގޮތްފާޑުކިޔާ ކުށްވެރިކޮށް އަޑުއުފުލާ މީހުނަށް ނަސޭހަތަކަށް ބުނަން އޮތީމިހެންނެވެ. ކުޑަކުދިންގެ ކަރާމާތަށް އަރައިގެންފައިވާތީ އެގޮތަށް ކޮމެންޓް ކުރާ މީހުންގެ މައްޗަށް ދައުވާކޮށް އަދަބު ދިނުމުގެ ގާނޫނީ ބާރު އޮތްވާހަކައެވެ. 

    ދަންނަވަމެވެ. މީލާދީ ގޮތުން 18 އަހަރު ނުފުރެންޏާ އިންސާނުން ރޮލާ ކެއަސް އެއީ ކުޑަކުދިންނެވެ. ހައްގުތަކާ ގާނޫނު ތަކާހެދި އަހަރުން އަހަރަށް ގައުމު އޮޔާދަނީއެވެ. 

    ވާނީވެސް އެހެންނެވެ. ލާހެއްދެވިހާ ދޮގާ މަކަރާ އޮޅުވާލުމުން މަގާމު ތަކަށް އަންނަ މީހުން ހިންގާ ގައުމެއްގައި އަދި އެފަދަ ރައްޔިތަކު އުޅޭ މުޖުތަމައަކަށް ވާނެ ހުރިހާ ގޮތެއް ދިވެހިންގެރާޖޫ އަށް މިދަނީ ވަމުންނެވެ.

    ]]>
    Sat, 06 Apr 2024 14:52:00 +0500 ނިއުސް ޑެސްކް
    ޑްރެގަން ފްރުޓް ވަރެއް ހަމަ ނެތް https://heerasnews.com/2382 https://heerasnews.com/2382 ޑްރެގަން ފްރުޓް ނުވަތަ ޕިޓާޔާ އަކީ ފައިބަރ ގިނައިން ހިމެނޭ، ކާބޯހައިޑްރޭޓްސް މަދު، އަދި މެގްނީޒިއަމް، ފޮސްފަރަސް، މުހިއްމު ވިޓަމިންސް، ދަގަނޑު، އޮމެގާ ފެޓީ އެސިޑް، އަދި އެންޓިއޮކްސިޑެންޓްސް ފަދަ ނިއުޓްރިއެންޓްސް ގިނައިން ހިމެނޭ  މޭވާއެކެވެ. މިއީ ޑްރެގަން ފްރުޓް ބޭނުން ކޮށްފިނަމަ ހަންގަނޑަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ސަބަބުތަކެވެ.

    ޑްރެގަން ފްރުޓަކީ ވިޓަމިން ސީ އަދި އީ ހަށިގަނޑަށް ފޯރުކޮށްދޭ ރަނގަޅު މަސްދަރެކެވެ. މިއީ ހާސްވެ ކަންބޮޑުވުމާއި ދެކޮޅަށް މަސައްކަތްކޮށް، އަވިން ފިހިފައިވާ ތަންތަނަށް ފަރުވާ ދިނުމަށާއި، ދުޅަވުން ހުއްޓުވުމާއި، ހަންގަނޑު ތެތްކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މޭވާއެކެވެ.

    ހަމައެއާއެކު، ޑްރެގަން ފްރުޓް ކެއުމަކީ ކޮލެސްޓްރޯލް ލެވެލް، ލޭގައި ގްލޫކޯޒް ލެވެލް، އަދި ލޭމައްޗަށް ދިއުން ދަށްކޮށް ދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ގައިގެ ހަންގަނޑަށްވެސް އެ މޭވާ އެއްގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާ އެކެވެ.

    ހަންގަނޑަށް ޑްރެގަން ފްރުޓް ބޭނުން ކުރެވިދާނެ ގޮތްތައް:

    ޑްރެގަން ފްރުޓްގެ ސަބަބުން ހަންގަނޑަށް ލިބޭ ފައިދާތައް ނުހަނު ގިނައެވެ. ކަންމިހެން އޮތްއިރު، އަވަސް ނަތީޖާ ހޯދުމަށް ގަވާއިދުން ޑްރެގަން ފްރުޓް ކެއުމަށް ނުވަތަ މޫނުގައި  އުނގުޅުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން،ޑްރެގަންފްރުޓް ބޭނުންކޮށްގެން ހަމަށް ދިމާވާ އެކި މައްސަލަތަކަށް އަމާޒުކޮށްގެން ތަފާތު ފޭސް ޕެކްތައް ހަދާލެވޭނީ އަންނަނިވި ގޮތްތަކަށެވެ.

    1. މޫނުގައި ބިހިނެގުމަށް:

    ޑްރެގަން ފްރުޓް އަކީ ވިޓަމިން ސީ، ޒިންކް، އަދި ނިއަސިނަމައިޑް މުއްސަނދި މޭވާ އަކަށްވީއިރު، މިއީ މޫނުގައި ބިހިނެގުން މަދުކޮށްދިނުމަށް އެހީތެރިވެދޭ މައުދަންތަކެވެ. މިކަމަށްޓަކައި:

    • ޑްރެގަން ފްރުޓްގެ ދެތިން އެތިކޮޅު ނަގައި ހިމުން ޕޭސްޓަކަށް ހަދާލާށެވެ.
    • ދެން ކުޑަ ކަފަ ބޯޅައެއް ނަގާ ނުވަތަ އިނގިލިތައް ބޭނުންކޮށްގެން މޫނުގައި ބިހި ހުރި ތަންތަނުގައި އުނގުޅާލާށެވެ.
    • ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު ދޮވެލާށެވެ.
    • ހަންގަނޑުގައި  ރަނގަޅަށް ރިއެކްޓް ކުރާނަމަ އެއްރޭ ވަންދެން ވެސް ދޫކޮށްލެވިދާނެ އެވެ.

    2. އޮމާން ހަންގަނޑަކަށް:

    ޑްރެގަން ފްރުޓްގައި ހިމެނޭ ވަރުގަދަ އެންޓިއޮކްސިޑެންޓްތަކާއި މިނަރަލްސްގެ ސަބަބުން ފަނޑު އަދި ދިރުން ގެއްލިފައިވާ  ހަންގަނޑަށް ތާޒާކަމާއި އުޖާލާކަން ލިބި، އަވިން ފިހިފައިވާ ތަންތަން ވެސް ލުއިކޮށްދެ އެވެ. މި  ފޭސް މާސްކް ހެދުމަށް:

    • ކަނޑާފައިވާ ޑްރެގަން ފްރޫޓްގެ 1/4 ތަށި ނަގައި ހިމުން ކޮށްލާށެވެ.
    • ދެން ވިޓަމިން އީ އަދި/ނުވަތަ ކޮންމެވެސް ވަރަކަށް އެލޯ ވެރާ ޖެލް އެޅުމަށްފަހު އެއްކޮށްލާށެވެ.
    • އެއަށްފަހު، މި ޕޭސްޓް މޫނުގައި 15 މިނެޓު އުނގުޅާފައި ބެހެއްޓުމަށްފަހު  ފިނިފެނުން ދޮވެލާށެވެ.

    މިއީ ހައްތަހާވެސް ޑްރެގަން ފްރުޓްގެ ސަބަބުން ލިބޭނެ ފައިދާތަކެވެ. އެހެންނަމަވެސް، ޑްރެގަން ފްރުޓް ބޭނުންކުރުމުގެ ކުރިން އެއީ ތިމާ އާއި ގުޅޭ މޭވާއެއްތޯ ބެލުމަށާއި އެލާޖިކް ރިއެކްޟަނަކުން ސަލާމަތްތެރިކަން ހޯދުމަށް  ޕެޗް ޓެސްޓެއް ހަދާލުމަކީ ބުއްދިވެރިކަމެކެވެ.

    ]]>
    Fri, 05 Apr 2024 21:19:42 +0500 ނިއުސް ޑެސްކް
    މާލޭ މީހުނަށް މުއިއްޒު ޖެއްސީ މުސީބާތް! https://heerasnews.com/2381 https://heerasnews.com/2381 މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ މާލެ ސިޓީގެ ހަމަޖެހުން ގެއްލުވާލާނެ ކަމުގެ އިންޒާރު ވެސް މުއިއްޒު އެދަނީ ދެމުންނެވެ. މާލޭގެ ހަމަ ޖެހުމާ މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ދިނުމާ ގުޅުވުމަކީ އެކަމުގެ ހެއްކެކެވެ. ވާނީ އެހެންތާއެވެ. ދުނިޔެ ހެއްދެވީއްސުރެ މާލޭގައި ކުރިއްޔާ ކުރިކަމެއް ކުރީ މުއިއްޒު ކަމުގެ ދައުވާ މުއިއްޒު އެދަނީ ކުރަމުންނެވެ. 

    މުއިއްޒު ހިތުން އެހެން އެންމެންނަކީ ކަނު މީހުންނެވެ. ބީރު މީހުންނެވެ. މަންމަނުންނެވެ. ބުއްދި ފަސްވެފައި ތިބި ގަމާރުންނެވެ. މުއިއްޒު މާލޭގެ ރައްޔިތުންނަށް ކޮށްދީގެން އުޅެނީ ކޮންކަމެއް ހެއްޔެވެ. މާލޭ ރައްޔިތުންނަށް މުއިއްޒު ހިދުމަތް ކުރިގޮތާއި ރައްޔިތުންނަށް ވީމޮޅުގެ ވާހަކަ ދައްކަލަމާ ހިނގާށެވެ. 

    ރައީސް ޔާމީނު ވެރިކަމުގައި ރައީސް ޔާމީނުގެ މަސައްކަތު ސަރުދާރަކަށް މުއިއްޒު ހުރީމާ ރައީސް ޔާމީނު ކުރެއްވިހާ ކަންކަމުގެ މެޑެލިޖަހަން މުއިއްޒު އުޅޭނެކަމެއް ނެތެވެ. މުއިއްޒު ނަގަނަގާފައި ދައްކާނީ ސިނަމާލެ ބްރިޖާއި ރިންގް ރޯޑެވެ. ދަރުމަވަންތަ ހޮސްޕިޓަލާއި ރަސްރަނި ބަގީޗާ (ސަލްޓަންޕާކް)އާއި މާލޭ މައިޒާންތަކެވެ. ހުޅުމާލޭ ދެވަނަ ފޭހާއި ހިޔާ ފްލެޓްތަކެވެ.

    ބުނަން ހެއްޔެވެ. އެއިން އެއްވެސް ކަމަކީ މުއިއްޒާ ބެހުމެއް އޮތް ކަންކަމެއް ނޫނެވެ. އެއީ ރައީސް ޔާމީނުގެ ހިދުމަތެވެ. އެމަނިކުފާނުގެ މިންނަތް މަސައްކަތާއި ހިތްވަރެވެ. އެކަންކަމުގައި މުއިއްޒަށް ކްރެޑިޓެއް ދިނުމަށްވުރެ އަދީބަށް އެކަންކަމުގެ ކްރެޑިޓް ދިނުންވެސް މާ ހައްގެވެ. 

    ކޮންސްޓްރަކްޝަން މިނިސްޓަރު ކަމުގައި އޭރު މުއިއްޒު ހުރީތީ ބައެއް ކަންކަން އޭނާގެ ސީދާ ބެލުމުގެ ދަށުން ރައީސް ޔާމީނު ކުރުވިއެވެ. އިންޑަސްޓްރިއަލް ޒޯނާއި ރަސްފަންނެވެ. މާލޭ ބޭރު މަގުގައި އަޅަން އުޅުނު ލަގްޒަރީ ޓަވަރުތަކެވެ. ތިންރުއް ޕާކާއި މުއިއްޒު ނެރަކީ ވެސް އެގޮތަށް މުއިއްޒު ލައްވާ ކުރުވި ކަންކަމެވެ. 

    އިންޑަސްޓްރިއަލް ޒޯނުގެ އެއްވެސް މަސައްކަތެއް މުއިއްޒަކަށް ނުކުރެވުނެވެ. ރަސްފަންނު ހެދީ އައިވީ ގުޅާފައި އޮތް ބަލި ދަރިއަކަށެވެ. އަބަދާ އަބަދު ކެނޑިނޭޅި ދައުލަތުން ހަރަދުކޮށް ބަލަހައްޓަންޖެހޭ ބަލިމާނަކަށް ރަސްފަންނު އޮތީ ހަދަފައެވެ. މާލޭ ހުޅަނގުކޮޅުގެ ޑްރައިންތައް ބައްދާލާ ވާރޭ ކަންޏެއް ޖަހާލާ އިރަށް ސްވިމިންގ ޕޫލަކަށް މާލެ ބަދަލުކޮށްލި މޮޅު އިންޖިނޭރަކީ މުއިއްޒެވެ. 

    މާލޭ ބޭރު މަގުގައި އަޅަން އުޅުނު ލަގްޒަރީ ޓަވަރުތަކުން ކަޓުނަގަން އުޅެން ހަދައިގެން އެކަމެއް މުއިއްޒަކަށް ނުކުރެވުނެވެ. ތިންރުއް ޕާކަކީ ރަސްފަންނަށް ދޫނުކުރާ އަނެއް ބޮލު ރިހުމެވެ. މުއިއްޒު ނެރުވެގެން ދިޔައީ އެތައް ބައެއްގެ މުދަލާ ފުރާނައަށް އޮތް ބޮޑު ނުރައްކަލަކަށެވެ. މުސީބަތަކަށެވެ. މުއިއްޒު ލައްވާ ކުރުވި އެއްވެސް ކަމެއް މުއިޒުނުވާ ގޮތަކަށް މުއިއްޒަކަށް ކުރެވިފައެއް ނެތެވެ. ހިޔާ ފްލެޓްތައް ނިންމުމާއި މީހުން ވެއްދުންވެސް މުއިއްޒާ ހެދި ރައީސް ޔާމީނަށް ވެގެން ދިޔައީ ވެރިކަމުގައި ޖެހުނު ގޮއްރާޅު ގަނޑަކަށެވެ.

    ހޮޅި އެޅުމާއި ހޮޅި ވާހަކަ ދެއްކުމާއި ހޮޅިވުން ނޫންކަމެއް މުއިއްޒަކަށް ނޯވެއެވެ. މާލޭ މޭޔަރު ކަމުގައި ކަދުރު ރުއް އެތެރެކޮށް އިންދުމުގައިވެސް މިލިޔަނުން ކުރީ ވައްކަމެވެ. މަގުމަތީ ޕާކިން ސްލޮޓާއި ގަރާޖުސިޓީ ވިއްކައިގެން ފުއްޕުވީ އަމިއްލަ ޖީބެވެ. ތޮއްޖެއްސީ މަގުތަކެވެ.

    މަގުބަންދު ބޯޑާއި ހިދުމަތުގެ އަގުންވެސް ކުރީ ވައްކަމެވެ. މިސްކިތް ތަކުގެ ކަރަންޓް ބިލް ނުދެއްކިޔަސް ބާއްވީ ސްޓާފް ނައިޓެވެ. ކަނިވާ ސަރަހައްދުން ބިންތައް ކުއްޔަށް ދީގެން މިލިޔަނުން ޖީބަށް ޖަހާލީ ކަޓެވެ. އާސަހަރާ ހެދުމުގެ ނަމުގައި ބަޔަކަށް ކޮންޓްރެކްޓް ދީގެން އެ މަސައްކަތް ނުކުރުވާ އެތައް މިލިޔަން ރުފިޔާއެއް ކެމްޕޭނު ކުރުމަށް ޖީބަށް ޖަހާލާ ކޮންޓްރެކްޓް ބާތިލުކޮށް ހިންގީ ބޮޑެތި ކޮރަޕްޝަނެވެ. ހިޔާނާތެވެ.

    ޕޮރޮގްރަސިވް ކޯލިޝަންގެ ސެނެޓް ގަނެލާ އަދުރޭއަށް މަހު މުސާރައާއި ވިޔަފާރި ސިޓީ ކައުންސިލުން ހޯދާދިނެވެ. ކޮންސަލްޓުންގެ ނަމުގައި އެތައް ބަޔަކަށް މިލިޔަން މިލިޔަން ސިޓީ ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން މުއިއްޒު ފައްކާކުރީ ވެރިކަމަށެވެ.

    ]]>
    Thu, 04 Apr 2024 20:17:05 +0500 ނިއުސް ޑެސްކް
    މާލޭ ރައްޔިތުން މަގުމަތި ކޮށްލާނެކަމުގެ އިންޒާރުދީފި! https://heerasnews.com/2380 https://heerasnews.com/2380 ރައީސް މުއިއްޒު ސަރުކާރަށް ތާއީދު ނުކުރާ ކޮންމެ ބަޔަކު މަގުމަތި ކޮށްލުމަކީ މުއިއްޒުގެ ވިސްނުމެވެ. ކުރިއަށް އޮތް ފަސް އަހަރަށް ހޮވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ދިނުމަކީ މާލޭ ރައްޔިތުން މަގުމަތިވުން ކަމަށް މުއިއްޒު ބުނީ އެހެން ވެގެންނެވެ. މަޖިލީހުގެ މެޖޯރިޓީ މުއިއްޒަށް ނުލިބިއްޖެނަމަ މާލޭ ރައްޔިތުން މަގުމަތިކޮށްލާނެ ކަމަށް މުއިއްޒު އެބުނަނީ ވަރަށް ފާޅުގައެވެ.

    ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ހުރިހާ ގޮނޑި މުއިއްޒަށް ދިނަސް މަޖިލިސް މެޖޯރިޓީ މުއިއްޒަށް ނުލިބެއްޖެނަމަ މާލޭ ރައްޔިތުން މަގުމަތިކޮށްލާނެ ކަމުގެ އިންޒާރު އެއޮތީ ދީފައެވެ. މުއިއްޒުގެ މީހުން ނޫން އެންމެންނަކީ ރައްޔިތުންގެ ހައްގުން މަހުރޫމު ކުރެވޭނެ ބައެއްކަމަށް މުއިއްޒު އެބުނަނީ ލަދެއް ހަޔާތެއް ނެތިއެވެ.  

    ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ ބޮޗޭގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ގޮސްހުރެ މުއިއްޒު މާލޭ ރައްޔިތުންނަށް އެދިން އިންޒާރަކީ ސަމާސާކަމެއް ނޫނެވެ. ވިސްނާ މުއިއްޒާ ދެކޮޅަށް ރައްޔިތުން ނިކުމެ މުއިއްޒަށް ނޫނެކޭ ބުނަން ޖެހޭ ބިރު ދެއްކުމެކެވެ.

    ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަކަން ފާހަގަކޮށް ގެދޮރު ލިބޭނީ މަޖިލިސް ލިބިގެން ކަމުގެ ބިރު ރައްޔިތުންނަށް މުއިއްޒު އެދައްކަނީއެވެ. ހިޔާވަހިކަމުގެ ގޮތުން ރައްޔިތުން ހާލުގައިޖެހިފައިވާ ތިބި ތިބުމުން މުއިއްޒު ނަގަން ދިމާކޮށްފައި އެހުރީ ސިޔާސީ މަންފާއެވެ. ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލަ ސަރުކާރުން ހައްލު ކޮށްދޭނީ މަޖިލިސް ދީގެންނޭ މުއިއްޒު އެބުނަނީ އެހެންވެއެވެ. 

    ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނަސް ނުދިނަސް ރައީސް ކަމުގައި ހުންނަ މީހާ ރައްޔިތުންގެ ތެރެއިން ވަކި ބަކަށް ނުނިޔަތްލާ އެކަހެރި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭނެއެވެ. ގެންގުޅޭނަމަ އެއީ ވަރަށް ބޮޑުކުށެކެވެ. ހުވަޔާ ހިލާފު ވުމެވެ. ކޮންމެ ބަޔަކު މަޖިލީހަށް ހޮވުނަސް ރައްޔިތުންގެ ހެވާ ލާބައަށް ކުރާކަންކަމުގައި އެއްބާރުލުން ނުދޭނެ ކަމަށް ރައީސް ކަމުގައި ހުރި މީހާ ދެކެން ވެއްޖެނަމަ ރައްޔިތުންގެ ހާލަކީ ކޮބައިހެއްޔެވެ. 

    ހަމަތެދެކެވެ. ރާއްޖެއަކީ މުއިއްޒު މައިން ބަފައިންގެ ތަރިކަ މުދާ ގަނޑެއް ނޫނެވެ. ކޮންމެ ރައްޔިތަކަށް އެއްވަރަށް ހައްގު އޮތް ދިވެހީންގެ ދައުލަތެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެވެ. މުއިއްޒުގެ މަޖިލީހެއް ނޫނެވެ. 

    200 ކިއްކުރަން ހެއްޔެވެ 300 ގާނޫނު ވިޔަސް ރައްޔިތުންގެ ހެވާލާބައަށް ފާސްކުރަން ޖެހެންޏާ މަޖިލީހުން ފާސްކޮށް ދޭނެއެވެ. މަޖިލީހުގައި ކޮންމެ ބަޔަކު ތިއްބަސް އެކަން ވާނެއެވެ. ރައްޔިތުންގެ ހެވާ ލާބަޔަށޭ ކިޔައިގެން މުއިއްޒު ހިތުހުރި ކަމެއް ކުރަން އަޅުންގެ އަޅުން ނޫނީ ޖާގައެއް ނުދޭނެއެވެ. ގިނަ ރައްޔިތުން ތިބީ ބޭނުންހާ އެއްޗެއް ހަދަން މުއިއްޒަށް މަޖިލީސް ދޭގޮތަކަށް ނޫނެވެ. 

    ]]>
    Thu, 04 Apr 2024 17:54:06 +0500 ނިއުސް ޑެސްކް
    3 ދުވަސް ތެރޭގައި ރޮނާލްޑޯގެ ދެވަނަ ހެޓްރިކް https://heerasnews.com/2379 https://heerasnews.com/2379 ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު އަބްހާ އަތުން 8-0 އިން މޮޅުވެ، 72 ގަޑިއިރުގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ދެވަނަ ހެޓްރިކް ހަދައިފިއެވެ.

    ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ރޮނަލްޑޯ ވަނީ އަންގާރަ ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލް ޖަހައި ދެ އެސިސްޓް ކޮށްފައެވެ.

    ޕްރިންސް ސުލްތާން އަބްދުލްއަޒީޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަލްނަސްރު އިން ވަނީ ލިބުނު ހިލޭ ޖެހުމަކުން މެޗުގެ ފުރަތަމަ 11 މިނެޓު ތެރޭގައި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނަލްޑޯއެވެ. 

    ހަމައެއާއެކު، ލިބުނު ދެވަނަ ހިލޭ ޖެހުން ކާމިޔާބުކޮށް، މެޗުގެ 21 ވަނަ މިނެޓުގައި ރޮނަލްޑޯ ވަނީ އަލްނަސްރުގެ ލީޑު ބޮޑުކޮށްފައެވެ.

    ފުރަތަމަ ހާފް ނިމުމާއި ގާތްވެފައި ވަނިކޮށް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ފަސޭހަ ކަމާއި އެކު ވައްދާލައި ރޮނާލްޑޯ ވަނީ  72 ގަޑިއިރު ތެރޭގައި، ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކު ހަދާ, އޭނާގެ ކެރިއަރުގެ 65 ވަނަ ހެޓްރިކު ކާމިޔާބުކޮށް ރިކޯޑް މުގުރާލާފައެވެ.

    އެއާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ 21 ވަނަ ގަރުނުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ރިކޯޑް މުގުރާލާފައެވެ.

    ]]>
    Wed, 03 Apr 2024 21:25:13 +0500 ނިއުސް ޑެސްކް
    ކްރޫ އަށް ފަސްވަނަދުވަހު 80 ކްރޯޑް ރުޕީސް https://heerasnews.com/2378 https://heerasnews.com/2378 ޓަބޫ، ކަރީނާ ކަޕޫރު ޚާން އަދި ކްރިތީ ސެނޯން ލީޑް ރޯލުން ފެނިގެންދާ " ކްރޫ "  ފިލްމަކީ 2024 ވަނަ އަހަރުގެ ފުރަތަމަ ހިޓް ފިލްމަކަށް ވެގެން ހިނގައްޖެއެވެ. ކްރޫ ފުރަތަމަ ހިޓަށް ވެގެން ގޮސްފައިވާއިރު ފިލްމު އެޅުވުނު ފުރަތަމަ ހަފްތާގައި އެކަނިވެސް ވަނީ 80 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފައިއެވެ.

    ރަޖޭޝް ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީ  ފިލްމް ދަނީ ބައިނަލްއަގްވާމީ ބާޒާރުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެގޮތުން ބައިނަލްއަގްވާމީ ބާޒާރުގައި މި  ފިލްމުން ވަނީ  25 ކްރޯޑަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ހޯދާފަ އެވެ.

    ބުރަ މަސައްކަތެއް ކުރާ ތިން އަންހެނުންގެ ދިރިއުޅުން  ތަގުދީރުގެ ސަބަބުން ދިމާވާ  ހާލަތް ތަކެއްގެ ސަބަބުން ދޮގުތަކާއި މަކަރުގެ ވަޅުގަނޑެއްގެ  ތެރެއަށް ވެއްޓިގެން ދާގޮތް ދައްކުވައިދޭ ފިލްމް " ކްރޫ " ޕްރީމިއާ ކޮށްފައިވަނީ މިދިޔަ މަހުގެ 29 ގައެވެ.

    ]]>
    Wed, 03 Apr 2024 21:08:58 +0500 ނިއުސް ޑެސްކް
    އެމްޑީޕީއަށް ސަރުކާރު ޖަވާބުދާރީ ކުރެވޭތަ! https://heerasnews.com/2377 https://heerasnews.com/2377 ކޮވިޑްގެ އާލަމީވަބާއާއި ޔުކްރޭން ހަނގުރާމައިގެ ހިތި އަސަރު ކިތަންމެ ބޮޑަކަށްވެސް ކުރިއެވެ. ދެއަހަރު ވަންދެން އިގުތިސާދު ހުއްޓި އާމްދަނީ ނުލިބިވެސް ދިޔައެވެ. އެމްޑީޕީއަށް ވެރިކަމެއް ކޮށްލަން ލިބުނީ އެންމެ ތިންވަރަކަށް އަހަރެވެ. އެކަމަކު އެކަން ދެނަހުރީ ކާކުހެއްޔެވެ. ގައުމު ބަނޑަށް ނުޖައްސާ މިއަދާ ހަމައަށް ގައުމު ގެނެސް ދިން ގޮތާމެދު ގިނަ ބަޔަކު ނުވިސްނައެވެ. ވިސްނާކަށް ބޭނުމެއްވެސް ނުވެއެވެ.

    މިއަދަކު މިއްޔަކީ ކުރީ ސަރުކާރުން ކުރެވުނު ކަންތައްތަކުގެ ވާހަކަ ދައްކާ އެވިއްކަންވީ ދުވަހެއް ނޫނެވެ. އިބޫގެ ވެރިކަމުގައި ކުރެވުނު ކަންކަން ގިނަ ބަޔަކަށް ބަލައިނުގަނެވުނީތީ ވެރިކަން މިއޮތީ ބަދަލުވެފައެވެ. ވާދަވެރިން ދައްކާނެ ބައިވަރު ވާހަކަ އޮތީ މާޒީއަށް ދޫވެފައެވެ. އަނބުރާ އެކަން އިޔާދައެއް ނުކުރެވޭނެއެވެ. މިއަދަކީ އެކަމާ އުޅެންވީ ދުވަހެއް ނޫނެވެ. 

    ތެދެކެވެ. ވެރިކަމާއި މަޖިލީހުގެ ސްޕަރމެޖޯރިޓީ ކިތަންމެ ރަނގަޅަކަށް ވެސް އެމްޑީޕީއަށް ލިބުނެވެ. ކޮންމެ ސަބަބަކާ ހުރެވެސް ބޭނުންވީ ނަތީޖާ އެންމެ ރަނގަޅަކަށް ނުނެރެވުނެވެ. ކުރެވެން ހުރި ކިތަންމެ ކަންކަމެއް ނުކުރެވި ލަސްވެ ފަސްވުމުގެ ސަބަބުން ދޮގުވެރިއެއްގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ދިޔައީއެވެ. އަދިވެސް ހޭއަރާކަށް ނުވޭހެއްޔެވެ.

    ސްޕަރމެޖޯރިޓީ ނެތެއްކަމަކު މަޖިލީހުގެ މެޖޯރިޓީ އަދިވެސް އެމްޑީޕީއަށް އެބައޮތެވެ. އޮތް މެޖޯރިޓީގެ ބޭނުން ކޮށްގެން މަގުބޫލުކަމެއް ނެތް ސަރުކާރެއް ޖަވާބުދާރީ ކުރެވޭ ތަނެއް ނުފެނެއެވެ. މާޒީއާއި މުސްތަގުބަލުގެ ވާހަކަ ނުދައްކާ، ހާލަތު އޮތްގޮތަށް ރިއާޔަތްކޮށް މަޖިލީހަށް ކުރެވެނީ ކީއްކަން ވިސްނާލެވޭބާއެވެ. 

    • ގާނޫނާ ހިލާފަށް ރައީސްގެ އަނބިކަބަލުންނަށް ސިވިލް ސަރވިސްއިން ނޯޕޭލީވެއް ދީގެން ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުވުން ހުއްޓުވައެއް ނުލެވުނެވެ.
    • ބަޖެޓުން ބޭރުން ރަސްމާލެ ހިއްކުމުގައި ހުރި މައްސަލަތައް ހައްލުކޮށް ފިޔަވަޅެއް ނޭޅެއެވެ.
    • އޭސީސީއާއި ސަރުކާރާ ގުޅިގެން މާލެ ސަރަހައްދުގެ ބޯހިޔާވަކަމަށް އަޅަމުންދާ ހުރަސްތައް ނައްތައެއް ނުލެވެއެވެ.
    • ގައިރު ގާނޫނީ ތިން ވަޒީރުން ދައުލަތުގެ މުދަލާއި ފައިސާގެ މައްޗަށް ބާރުފޯރުވާ ދައުލަތުގެ ނަމުގައި ކަންކަން ކުރާކުރުމެއް ނުހުއްޓުވުނެވެ. 
    • ކަނޑު ހޯދުމުގެ ނަމުގައި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބޭރު ބަޔަކަށް ދީގެން ދައުލަތް ދަވާލާއިރު އެއީ ކޮންބައެއް ކަމެއް ހަރަދު ކުރަނީ ކިހާ ފައިސާއެއްކަމެއް ބަލާ އެކަން ހުއްޓުވައެއް ނުލެވެއެވެ. 
    • އެތައް ސަތޭކަ ސިޔާސީ މަގާމު އުފައްދައިގެން ދައުލަތުން ފައިސާ އިސްރާފުކުރާ ކުރުމަށް ނިމުމެއް ނުގެނެވެއެވެ. ސިޔާސީ މަގާމުތަކުގައި ތިބީ ކޮންބައެއް ކަމެއް ކިހާވަރަކަށް ކަމެއް ނުބެލެއެވެ.
    • ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ކެންޕޭނު ކުރުމެއް ނުހުއްޓުވައެވެ.
    • ޗައިނާއާއި އެކުވެފައިވާ 20 އެއްބަސްވުމުގެ ހަގީގަތެއް ނުހޯދެއެވެ. 
    • ފަށާފައިވާ އަސާސީ ހިދުމަތް ގާއިމު ކުރުމުގެ ޕްރޮޖެކްޓްތަކުގެ އަދާހަމަ ހޯދާ އެކަންކަން ހިންގައެއް ނުލެވެއެވެ.
    • ދަތުރުފަތުރުން މުޅި ރާއްޖޭ ކަނޑުމަގުން ގުޅާލަން ފެށިފައިވާ މަޝްރޫއުގެ ކޮޅެއް މެދެއް ނޭގެއެވެ. 
    • އިންޑިއާ ސިފައިންނާއި ހެލިކޮޕްޓަރ އޮޕަރޭޝަނާއި ގުޅިފައިވާ މުޅި މައްސަލައިގެ ހަގީގަތެއް ނުހޯދެއެވެ.
    • އުތުރު ތިލަފަޅުގައި ޗައިނާ ލައްވާ ހަދަން އުޅޭ ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ހަގީގަތެއް ނުހޯދެއެވެ.
    • އިހަވަންދިއްޕޮޅު ބަންކަރިންގ މަޝްރޫއުގެ ސިއްރެއް ނުހޯދެއެވެ.
    • ރާއްޖޭގެ ކަންކޮޅުތަކުގައި އަޅަން ބުނާ އެއަރޕޯޓްތަކާއި ގުޅޭ ތަފްސީލްތަކެއް ނުހޯދެއެވެ.
    • އަންޑަރވޯޓާރޓަނަލްގެ ހަގީގަތަކީ ކޮބައިކަމެއް ނުބެލެއެވެ. 

    މަޖިލީހުގައި ކުއްލި މައްސަލައެއްގެ ގޮތުގައި ބަހުސްކޮށްލާ ކޮމެޓީއަކަށް ހާޒިރުކޮށްލައިގެން އެކަނި މައްސަލަ ހައްލެއް ނުވެއެވެ. ކަމެއް ކޮޅެއްގައި ޖެހެންދެން މަސައްކަތް ނުކޮށް ސިޔާސީ ގޮތުން ކުޅެލާ ޗަރުކޭހަކަށް ކޮންމެ ކަމެއް ހަދައިގެން ފުއްދާލުމަކީ ޖަވާބުދާރީ ކުރުވުމެއް ނޫނެވެ. އިހުމާލުވާ ބަޔަކަށް ފިޔަވަޅު އަޅުވާ ޝަރީއަތް ހިންގަން ޖެހޭ ކަމެއްގައި ޝަރީއަތް ހިންގާ ހަދަން ޖެހެއެވެ. އިތުބާރުނެތް ކަމަށް ވޯޓުނަގަން ޖެހެންޏާ ވޯޓު ނަގައިގެންވެސް ދައުލަތް ހަމަ މަގަށް އަޅުވަންޖެހެއެވެ. ކެންޕޭނު ޝިއާރަކަށް މިސްރާބު ހަމަމަގަށް ޖަހައިގެން އުޅުނަސް އެއްޔަކީ ޖަވާބުދާރީ ކުރުވުމެއް ނޫނެވެ. 

    ]]>
    Wed, 03 Apr 2024 20:50:15 +0500 ނިއުސް ޑެސްކް
    މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުން: ރައްޔިތުންގެ ފައިސާއަށްވެވޭ ހިޔާނާތެއް؟ https://heerasnews.com/2376 https://heerasnews.com/2376 ނިމިދިޔަ އެމްޑީޕީ ސަރުކާރުން  ފ. މަގޫދޫ ގައި އަޅަމުންދިޔަ އެއަރޕޯޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް އެ މަސައްކަތް ހުއްޓާލުމަށް އެންގި އެންގުން ވެގެންދިޔައީ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެންދިޔަ ކަމަކަށެވެ.

    އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމާއި ދެކޮޅަށް ގިނަ ރައްޔިތުން ސޯޝަލް މީޑިޔާގެ އެކި އޮޅިތައް ބޭނުންކޮށްގެން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، ފ. ނިލަންދޫގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓަކީ ރައީސްގެ ކޮއްކޯފުޅަށްޓަކައި އަޅުއްވަން ނިންމާފައިވާ އެއާޕޯޓެއްް ކަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. މި މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އަލިފުށީ ދާއިރާގެ މެމްބަރު  މުހައްމަދު ރަޝީދު ހުސައިން ވަނީ މިއީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުންކަމަށް ވިދާޅުވެފައެވެ. 

    މަގޫދޫ އެއަރޕޯޓް މަސައްކަތް: 2023 ސެޕްޓެމްބަރ 

    ކަން މިހެން އޮތްއިރު، ރައްޔިތުންގެ ލާބައާއި މަންފާ އަށް ނުވިސްނާ ސަރުކާރުން ކުރަމުންދާ މި ފަދަ ކަންތައްތަކުގެ ސަބަބުން އަރައިގަނެވެނީ  ރައްޔިތުންގެ ހައްގުތަކަށެވެ. ހިޔާނާތްތެރި ވެވެނީ ކޮށްފައިވާ އަގެއްނެތް ވައުދުތަކަށާއި ރައްޔިތުންގެ ޓެކްސް ފައިސާއަށެވެ.  ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރައްޔިތުންގެ ޖީބުތަކުން ހަރަދުކުރާ ފައިސާ ބޭނުން ކުރެވެމުން ދަނީ ސިޔާސީ މަންފާ ނުވަތަ އާއިލީ މަންފާއަށްކަމެވެ.

    ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ ތަމްސީލު ކުރުމަށް ރައީސްގެ ކޮއްކޯފުޅު ސައުދާ ނެރުއްވާ، އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ނިންމާ އެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީއާއި ހަވާލުކުރެވިގެން ދިޔައިރު، މަގޫދޫ އެއާޕޯޓަކީ ނިލަންދޫއާއި ގާތް ގަނޑަކަށް 10 މިނެޓު ދުރުގައި އޮތް ރަށެކެވެ. ރައްޔިތުންނަށް ވެވޭ ހިޔާނާތަކަށް މިކަން ނުވާނަމަ ޔަގީނުންވެސް ވާނީ ދައުލަތުގެ މާލިއްޔާއިން ކުރެވޭ ނުހަނު ބޮޑު އިސްރާފެއް ކަމުގައިމެވެ. ކުދި ޖަޒީރާ  ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ދިވެހި ރާއްޖޭގައި ކޮންމެ ރަށެއްގައި ވައިގެ ބަނދަރެއް ގާއިމްކުރަން ވެއްޖެނަމަ ހާލަކީ ކޮބައިތޯއެވެ؟ 

    މަގޫދޫ އެއާޕޯޓުގެ މަސައްކަތް  ނިމިދިޔަ ބުދަ ދުވަހު ހުއްޓާލި އިރު އެކަން ކުރި ސަބަބެއް މަގޫދޫ ކައުންސިލުގެ އިތުރުން  އެ ރަށު ބަޔަކަށް ވެސް އެނގިފައިނުވެއެވެ. އަނެއްކޮޅުން މަސައްކަތް ހުއްޓާލިތާ  ދެތިން ދުވަސް ފަހުން މަސައްކަތް ކުރާ ހުރިހާ އާލާތެއްވެސް އެ ސަރަހައްދުން ގެންގޮސްފިއެވެ.

    މިއީ ރަށެއްގެ ކުރިއެރުމާއި ލާބައަށް ކުރި ކަމެއްގެ ބަދަލުގައި ސަރުކާރުން ބޭނުންވާ މީހަކު އިންތިހާބު ކުރުމަށް ރައްޔިތުން ގުނބޯ ހެއްދުމުގެ ގޮތުން ސަރުކާރުން ޖެއްސި ސްޓަންޓެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

    ]]>
    Wed, 03 Apr 2024 16:20:17 +0500 ނިއުސް ޑެސްކް
    ތެދުވައްތަރު ދޮގުހެދުމުގައި ހީނާ ވަރެއްނެތް https://heerasnews.com/2375 https://heerasnews.com/2375 މާތްކަލާނގެއާއި ވަކީލެވެ. ޖައްސަވާފައިވާ ގިލަންވެރިކަން އިހުސާސްނުވެ ވެރިއެއްގެ ދިފާއުގައި ފަސާދަ އުފައްދަން ހީނާ ވަލީދު ވެސް މިހުންނަނީ ހާދަވަރެކެވެ. އުތުރު ތިލަ ފަޅުގައި ބޭރު ގައުމެއްގެ ސިފައިން ތިބެގެން ތެޅިފޮޅި ގައިވީދީ އެހެން ބައެއް ނޫނެވެ. ދޮގު ދޮލަނގޭ ދަށްގޮހޮރޭ ކިޔަން އެގެނީ މީހަކު ކީމާ ދޯއެވެ. މީހުންގެ ތެރެއަށް ނިކުމެ އަނގަ ދިޔާ ކުރާއިރު މީހަކު ނުކިޔާ އެއްޗެއް އަލަކަށް ކިޔާކަށް އެނގެނީއެއްނޫނެވެ.

    ރައީސް ޔާމީނައިގެން ހޭކެނޑިގެން އެވަރެއް ނެތިގެން ކޯތެޅުވީ ހީނާ ވަލީދެވެ. ޔާމީނު ގުއިވެ ހީނާގެ ގިބުލަ ބަދަލުވެ މުއިއްޒު ވަރެއް ނެތިގެން ތިޔަ އުޅެނީ ކީއްވެކަން މީހަކަށް ނޯޅެއެވެ. އެންސްޕާ ހިތަކަށް ދީފައި އޮވެގެންނެވެ. ގުޅަގުޅަޔަށް ފަތިފައްޗަށް މުއިއްޒު ހަދަމުންދާ ދޮގުތައް ވިއްކަން ދޮގު ދޮލަނގު ބޮލަށްލައިގެން ބަލިހާލުގައި ދުވެނަގަނީ އެންސްޕާ ހޮޅިގުޅާފައި އޮވެގެންނެވެ.

    އުތުރު ތިލަފަޅުގައި މުއިއްޒު ޗައިނާ މީހުން ބައިތިއްބަން އަޅާ ތެދުވައްތަރު ދޮގު "ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓް ވިއްކާކަށް ހަދާނެ ކަމެއް ނެތެވެ. ފުޑްސެކިއުރިޓީ ޕްރޮޖެކްޓެއް ހިންގަން އުތުރު ތިލަފަޅު ނޫނީ ޗައިނާއަށް ރާއްޖޭން ބިމެއް ނުފެނުނެވެ. އެބުނާ "ފުޑް ސެކިއުރިޓީ" ޕްރޮޖެކްޓް ހިންގަން އުތުރު ތިލަފަޅު ނޫނީ ޗައިނާއަށް ދޭނެ ބިމެއް ރާއްޖޭން ސަރުކާރަކަށް ނުފެނުނެވެ. ކިހާ ތެދުވައްތަރުގެ ބޮޑު ދޮގެއް ހެއްޔެވެ.

    ހީނާ ވަލީދަކީ އިދިކޮޅުގައި ހުރެގެންވެސް ތެދުވައްތަރު ދޮގު ތައްޔާރުކޮށް ވިއްކުމުގައި އެންމެ އިސްކޮށް އުޅުނު މީހާއެވެ. ދިޔަރެހާއި އަޒާނުމެން މެދުވެރިކޮށް ވިއްކި ދޮގު ދޮލަނގު ތައްޔާރުކޮށް ދިނީ ހީނާ ވަލީދެވެ. ވެރިކަން ލިބުމުންވެސް ތެދުވައްތަރު ދޮގު ހަދަހަދައިގެން ނެރެ ވިއްކުމުގައި މުއިއްޒަށް ހީނާ ދުލެއް ނުރެއެވެ. 

    މާލޭގައި ދިރިއުޅޭ މީހުނަށް ބޯހިޔާވަހިކަން މާލެ ސަރަހައްދުން ދެވެން އޮތް އުތުރު ތިލަފަޅު ޗައިނާގެ ފާމަކަށް ހަދަން ޖެހުނު ގޮތެއް ހީނާއަކަށް ބުނެއެއް ނުދެވެއެވެ. މިހާރުވެސް އެމްއެންޑީއެފްގެ މިލިޓަރީ ޑޮކްޔާޑެއް ހަދަމުންދާ ތަނެއްގައި ޗައިނާ ލައްވާ ކުރަން އެންމެ ރަނގަޅު ކަމަކީ ދަނޑުވެރިކަމަށް ވީގޮތެއް ސަރުކާރަށް ބުނެއެއް ނުދެވެއެވެ.

    އުތުރު ތިލަފަޅުގައި ރާއްޖެއަށް ބޭނުންވާ ކާނާ ހެއްދުމަށް ޕްރޮޖެކްޓެއް ހިންގަން ފެށިއިރު އެކަމުގެ ސްކޯޕަކީ ކޮބައިކަމެއް އެކަން ކުރަނީ ކިހިނެއްކަމެއް އެކަމާ ގުޅިގެން ލިބޭނެ މޮޅެއް އޮޅުން ފިލުވައެއްް ނުދެއެވެ. ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަކުރި ތަނެއް އެބޭނުން ނޫން ބޭނުމަކަށް ބޭނުން ކުރަން ނިންމާނީ ބޯހިޔާވަހިކަމަށްވުރެ މުހިންމު ކަމަކަށެވެ. 

    ސިއްރު ކުރާނެ އެއްވެސްކަމެއް ނުއޮންނާނެ ކަމަށް ބުނެ ވެރިކަމަށް އަރާ ސިއްރު ނުކުރާ ކަމެއް ނެތެވެ. އެއްބަސްވުންތައް ހާމަ ކުރަން ގޮވަމުން އައިސް ވެރިކަން ހޯދައިގެން ކުރާކަމަކީ އެއްބަސްވުންތައް ސިއްރު ކުރުމެވެ. އުތުރު ތިލަފަޅުގައި ޗައިނާ ސިފައިން ނެތަސް ތިއްބަސް ވަރިހަމައެވެ. ކެރެންޏާ އުތުރު ތިލަފަޅުގައި ގާއިމުކުރާ ފުޑްސެކިއުރިޓީ ޕްރޮޖެކްޓްގެ އެއްބަސްވުން ހާމަ ކޮށްލަބަލާށެވެ. 

    އެމްޑީޕީ ސަރުކާރުން ކަންކަން ކުރީ ޕްލޭނެއް ނެތިއޭ ކިޔައިގެން ރައްޔިތުންނަށް ސަރުކާރުން ދޭން ފަށަފައިވާ ބޯހިޔާވަހި ކަމުގެ ހިދުމަތް ހުއްޓުވާ އުތުރު ތިލަފަޅު ޗައިނާ ޓައުނަކަށް ހަދާކަށް އުޅޭނެ ކަމެއްނެތެވެ. ބުލީ ނައިބުމެން ފެންވަރަށް މަގާމަށްޓަކާ ހީނާވެސް ހަނޑަސްބުރިއަށް ވެއްޓުނީއެވެ. އިދިކޮޅުގައި ތިބެގެންނާއި ވެރިކަމުގައި ތިބެގެން ތެދުވައްތަރު ދޮގު ވަރަކަށް ހަދާލެވޭކަން އިހުސާސް ވާނީ ތިރިވަނަންތަޕޫރަމް އާރުސީސީގައި އަނެއްކާ ވެސް އެނދުމަތި ވެވުނީމައެވެ. 

    ]]>
    Tue, 02 Apr 2024 18:08:24 +0500 ނިއުސް ޑެސްކް
    ކާބޯތަކެތި ފޯރުކޮށްދޭ އެހީތެރިންތަކެއް އިޒުރޭލުން މަރާލައިފި https://heerasnews.com/2374 https://heerasnews.com/2374 އެމެރިކާގެ އެހީދޭ ޖަމާއަތެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަނުގެ ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން އިޒްރޭލުގެ  އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި އެ ޖަމިއްޔާގެ ހަތް މުވައްޒަފަކު މަރާލައިފިއެވެ.

    ޟަހީދުކޮށްލާފައިވަނީ ފަލަސްތީނާއި އޮސްޓްރޭލިއާ އާއި ޕޮލެންޑާއި އިނގިރޭސިވިލާތާއި އެމެރިކާ-ކެނެޑާއަށް ނިސްބަތްވާ ރައްޔިތުންނެވެ.

    ހަމައެއާއެކު، އީރާނުގެ އޮފިޝަލަކު ވިދާޅުވީ އިޒްރޭލުން ދިމިޝްގުގައި ހުންނަ އިސްލާމިކް ރިޕަބްލިކްގެ ކޮންސިއުލޭޓް އިމާރާތަށް ހަމަލާދީ އައިއާރުޖީސީގެ އިސް ކޮމާންޑަރެއް ހިމެނޭ ގޮތަށް އެތައް ބަޔަކު މަރާލީ ޣައްޒާގައި އިޒްރޭލުގެ އަސްކަރިއްޔާގެ މަގުސަދުތައް ހާސިލް ނުކުރެވިގެން ކަމަށެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 32،916 މީހުން ޟަހީދުކޮށް، 75،494 މީހުން ޒަހަމްވެފައިވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަ އަދަދަކަށް ޟަހީދުވަމުންދާއިރު، ފަލަސްތީނުގެ ކުށެއްނެތް އެތަށް ކުޑަކުދިންނާއި ފިރިހެނުން ހައްޔަރުކޮށް ލާއިންސާނީ އަނިޔާ އެ މީހުންނަށް ދަނީ ކުރަމުންނެވެ.

    ]]>
    Tue, 02 Apr 2024 16:15:48 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ބަޓަރ ޗިކަން https://heerasnews.com/2373 https://heerasnews.com/2373 ހީރަސް ސުފުރާ މިފަހަރު ހާއްސަ ކޮށްލާނީ ބަޓަރ ޗިކަން އަށެވެ. ބަޓަރޗިކަން ހަދާލުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. މި ފަހަރުގެ ރެސިޕީ އެކުލަވާލާނީ ފަސް މީހަކަށް ވާވަރަށެވެ.

    ބޭނުންވާތަކެތި:

    • 500 ގްރާމް ބޯންލަސް ކުކުޅު
    • 1 ފިޔާ
    • 4 ލޮނުމެދު
    • 7 ކާފޫރު ތޮޅި
    • 2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
    • 2 ސައިސަމުސާ ދިރި
    • 2 ސައިސަމުސާ ކޮތަނބިރި
    • 1 ސައިސަމުސާ ގަރަމް މަސާލާ
    • 1 ސައިސަމުސާ ތެޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)
    • 2 ސައިސަމުސާ ތަންދޫރީ ހަވާދު
    • 2 މޭޒުމަތީ ސަމުސާ ބަޓަރު
    • 2 މޭޒުމަތީ ސަމުސާ ތެޔޮ
    • 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
    • 1 ސައިސަމުސާ ހަކުރު
    • ¾ ޖޯޑު ކާށި ކިރު
    • ½ ޖޯޑު ޕްލެއިން ޔޯގަޓް
    • ½ ޖޯޑު ޓޮމާޓޯ ޕިޔުރީ

    ހަދާނެގޮތް:

    • ކުޅިމަހަށް ކަނޑުމަސް އާއްމުކޮށް ކޮށާ ސައިޒަށް ކުކުޅު ކޮށާށެވެ.
    • ލޮނާއި ދިރިއާއި ކޮތަނބިރިއާއި ގަރަމް މަސާލާއާއި ތެޅިމިރުހާއި ޔޯގަރޓް  ބޮޑު ބޯތަށްޓެއްގައި އެއްކުރާށެވެ.
    • ތައްޔާރު ކުރެވުނު މަސާލާ ބޯތަށީގެ ތެރެއަށް ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ.
    • ގިނައިރު ބަހައްޓަން ބޭނުންވާނަމަ ބަހައްޓާނީ ފްރިޖްގައެވެ.
    • ފިޔާ ތުނިކޮށް ކޮށާލާށެވެ.
    • ލޮނުމެދުތައް ޗަސްކޮށްލާ ކާފޫރުތޮޅިކޮޅުގެ ކޮޅުތައް ކަނޑާލާށެވެ.
    • ބޮޑު ތެއްޔެއްގައި ބަޓަރާއި ތެޔޮކޮޅު އެކުގައި ހޫނު ކުރާށެވެ.
    • ގިނި މެދުމިނެއްގައި ބަހައްޓާފައި އެއަށް ފިޔާ އަދި ކާފޫރު ތޮޅިކޮޅު އަޅާލުމަށްފަހު ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާށެވެ.
    • ދެން ލޮނުމެދުކޮޅު އަޅާލާފައި އެއްކޮށްލުމަށްފަހު ބައި މިނެޓުވަރު ކައްކާލާށެވެ.
    • ތަންދޫރީ ހަވާދު އަޅާ އެއްކޮށްލާށެވެ.
    • ހަވާދުގެ ވަސްދުވަން ފެށުމުން ޓޮމާޓޯ ޕިޔުރީ، ޓޯމާޓޯ ކެޗަޕް، ކުކުޅު އަދި ހަކުރުކޮޅު ތެއްޔަށް އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
    • ކާށިކިރުކޮޅުވެސް އަޅާލާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.
    • ތެލީގެ މަތި ޖަހާ ގިނި މަޑު ކޮށްލުމަށްފަހު 30 މިނެޓުވަރު ކައްކާލާށެވެ.
    • އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ލޮނާއި ކުޅި ރަހަ ހެޔޮވަރު ކުރާށެވެ.
    • ޓޮމާޓޯ ޕިޔުރީއާއި ހެދި ރިހަ މާބޮޑަށް ހުތް ހެން ހީވާނަމަ އަދި އިތުރު ހަކުރު ކޮޅެއް އަޅާލާށެވެ.
    • ކުކުޅުގައި ހަވާދުގެ ރަހަ ބޮޑަށް ލައްވާލަން ބޭނުންވާނަމަ ހަވާދުގަނޑު ހާކައިފައި ގިނައިރުވަންދެން ކުކުޅު މެރިނޭޓް ކުރާށެވެ.
    ]]>
    Tue, 02 Apr 2024 14:34:02 +0500 ނިއުސް ޑެސްކް
    ސަރުކާރަށް މެޖޯރިޓީ ދިނުމުން ރަނގަޅު ނުވާކަމަށް މުއިއްޒު އެއްބަސްވެއްޖެ. https://heerasnews.com/2372 https://heerasnews.com/2372 ސަރުކާރަށް މެޖޯރިޓީ ދިނުމުން ކަންކަން ރަނގަޅު ނުވާ ކަމަށް ރައީސް މުއިއްޒު ވެސް އެއްބަސްވެވަޑައި ގަނެއެވެ. ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ދިނަސް އެމްޑީޕީ ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ މެޖޯރިޓީން މުއިއްޒު މާލޭ މޭޔަރަކަށް ހޮވުމަށް އެއްބާރުލުން ދީފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީ ދިނުމަކީ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޮތް ކަމެއް ނޫން ކަމަށް މުއިއްޒު ދެކިވަޑައިގަނެއެވެ. ސާފުކޮށް މުއިއްޒު އެ ވިދާޅުވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ބޭނުން ނުވާކަމަށެވެ. 

    ޕީއެންސީގެ ޓިކެޓް ލިބުނު އެތައް ބަޔަކަށް ރައީސް މުއިއްޒު ތާއީދު ނުކުރައްވާ، ވަކިވަކި ކެންޑިޑޭޓުންނަށް މުއިއްޒު ތާއީދު ކުރައްވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެން މުއިއްޒު ތާއީދު ނުކުރައްވާތީއެވެ.

    ހާއްސަކޮށް ޕީއެންސީގެ މާލިމީ އަދުރޭއަކީ މުއިއްޒު އެއްވެސް ވަރަކަށް އިތުބާރު ކުރައްވާ ބޭފުޅެއް ނޫންކަމަށް އިތުބާރު ހުރި މަސްދަރު ތަކުން މައުލޫމާތު ލިބެއެވެ. އަދުރޭއަށް މުއިއްޒު އިތުބާރު ކުރައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް މުއިއްޒުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ދޯކާދިން މީހަކު ރައީސް މުއިއްޒަށް ދޯކާ ނުދޭނެ ކަމަކަށް މުއިއްޒު ގަބޫލުފުޅު ނުކުރައްވާ ކަމަށްވެއެވެ.

    ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދުރޭ މަޖިލީހަށް ހޮވިވަޑައިގެންފިނަމަ އަދުރޭގެ ބާރު އެކީ އެކައްޗަކަށް ސަރުކާރުގެ ތެރެއިން ފުހެލައްވާނެ ކަމަށްވެއެވެ. އޭރުން އަދުރޭ ހުންނަވާނީ މަޖިލީހުގެ އެހެން އާދައިގެ މެންބަރެއް ފަދައިންނެވެ. އަދުރޭއަކީ މަޖިލީހުގެ ރައީސްކަން ކުރެއްވޭވަރުގެ ބޭފުޅެއް ކަމަކށްވެސް މުއިއްޒު ގަބޫލުނުކުރައްވާ ކަމަށް ވެއެވެ. 

    މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުނަސް މަޖިލީހުގެ ރައީސްކަމަށް އަދުރޭ އިސްވިޔަ ނުދެއްވާނެ ކަމަށާއި ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެ މަނިކުފާނުންގެ ދެބެންގެ ދެދަރި ބޭބޭފުޅު އަހުމަދު ނާޒިމް (ނަމިރާ ނާޒިމް) މަޖިލީހުގެ ރައީސް ކަމަށް އިސްކުރުވަން ކަމަށް އަރިސް ބޭފުޅަކު މައުލޫމާތު ދެއްވިއެވެ. ނާޒިމަކީ ރައީސް މުއިއްޒާ އެއްލޭހިނގާ ވަފާތެރި ސިޔާސީ މުދައްބިރެކެވެ. މަޖިލީހުގެ ނައިބު ރައިސްކަން ކުރައްވާފައިވާ ތަޖުރިބަކާރު ޕާލަމެންޓޭރިއަނެކެވެ. ނާޒިމް މަޖިލީހުގެ ރައީސްކަމަށް އިސްކުރުވުމަށްވުރެ ރައީސް މުއިއްޒަށް މޮޅުއެހެން ގޮތެއް ނުއޮންނާނެ ކަމަށްވެއެވެ.  

    އެންޓި-ޑިފެކްޝަން ގާނޫނު އޮތަސް ނެތަސް ސަރުކާރުން ބޭނުންވާ ކަންކަމަށް ވޯޓު ހޯދުމަށް ވަކިޕާޓީއެއްގައި މެންބަރުން ތިބުން މުހިންމު ނޫންކަމަށް މުއިއްޒު ގަބޫލު ކުރައްވައެވެ. ޕާޓީ ބަދަލު ނުކޮށްވެސް ކަމެއް ފާސްކުރަން ސަރުކާރަށް ބޭނުންވާ ވޯޓު ހޯދަން ކުރައްވަން ޖެހޭ ކަމެއް ކުރައްވައިގެން ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ފާސްކުރުވުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރިގޮތެވެ. ކޮންމެ ކާއްޓެއް އުފުލާލެވޭނެ ނަރެއް އެކާއްޓެއްގައި އިންނާނެކަން މުއިއްޒު ދެނެވަޑައިގަނެއެވެ. 

    ]]>
    Tue, 02 Apr 2024 13:17:28 +0500 ނިއުސް ޑެސްކް
    ތެދުވެރި ރައީސަކު އަޒުލަށް ބިރެއް ނުގަންނާނެ! https://heerasnews.com/2369 https://heerasnews.com/2369 މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ފުރޮޅުނު ފަހުން މަޖިލީހުގެ މެޖޯރިޓީ ވަކިބަޔަކަށް ލިބުމުން ވާގޮތުގެ ގިނަ ތަޖުރިބާތަކެއް ވަނީ ކުރެވިފައެވެ. މަޖިލީހުގެ މެޖޯރިޓީ ސަރުކާރާ އެއްކޮޅަށް ނެތުމުން 2008ގައި އުފެދުނު އެމްޑީޕީ ސަރުކާރަށް ކުރިމަތިވި ދަތިތަކާއި ސަރުކާރު ވެއްޓެން ދިމާވި ސަބަބުތައް ފެނުނެވެ. ރައްޔިތުންގެ މަޖިލީހަށް ކަންކަން ފިލުވާދޭން ޖެހޭވަރަށް ފިލުވާނުދީ ސަރުކާރުން ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރުމުގެ ނަތީޖާ ދިވެހިން ތަޖުރިބާ ކުރީ ވަރަށް ހިތާމަހުރި ދެރަވަރު ގެއްލުން ބޮޑު ގޮތަކަށެވެ.

    ސަރުކާރަށް ހެޔޮވަރު މެރޯޓީއެއް މަޖިލީހުގައި އޮވެގެން 2013 ގައި ޕީޕީއެމުން ކުރި ވެރިކަން ފެނުނީ ވަރަށް ތަފާތު ކޮށެވެ. ތަރައްގީއާއި ކޮރަޕްޝަނާއި ފަސާދައެވެ. ރިޝްވަތާއި ޚިޔާނާތެވެ. މުޅި ދުނިޔެއިންވެސް އެވެރިކަން ސިފަކުރީ އަނިޔާ ލާމެހިފައިވާ ޑިކްޓޭޓަރޝިޕެއްގެ ގޮތުގައެވެ. 

    2019 ވަނައަހަރު އުފެދުނު އެމްޑީޕީ ވެރިކަމަކީ މަޖިލީހުގެ ސްޕަރމެޖޯރިޓީއާއި އެކު ކުރެވުނު ވެރިކަމެކެވެ. ކޮވިޑްގެ އާލަމީ ވަބާއާއި ޔުކްރޭނު ހަނގުރާމައާއި ވެރިކަން ހިންގާ ކޯލިޝަންގެ ޑިމާންޑާއި މައިޕާޓީގެ އެތެރޭގެ ކޯޅުން ތަކާއެކު ގައުމަށް އިންގިލާބީ ހެޔޮބަދަލެއް ގެނުވި ވެރި ކަމެކެވެ. އެތެރޭގެ ކޯޅުން ބޮޑުވެ ފެނުނީ ލިބި އޮތް ބޮޑު މެޖޯރިޓީގެ ބޭނުން ހެޔޮ ގޮތުގައި ނުކުރެވި ދިޔަތަނެވެ.

    މަޖިލީހުގައި އޮތް އެމްޑީޕީ ސްޕަރމެޖޯރިޓީގެ އެތައް ބަޔަކު އިދިކޮޅަށްވުރެ އިދިކޮޅުވެގެން ސަރުކާރާއި މެދު ރައްޔިތުން ނަފްރަތުކުރުވާ އިތުބާރު ގެއްލުވާލަން ބޭނުންކުރާ މައިދާނަކަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުން ބަދަލުކޮށްލިއެވެ. ނަތީޖާއަކަށްވީ ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދިނަސް ވާކަމެއް ނެތްކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވުމެވެ.

    ތަޖުރިބާއިން އެނގިގެން ދަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ދިނުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެކަމެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ސަރުކާރު ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އަށަގަތުމުގެ ސަބަބެއް ކަމުގައި ވެގެން ދެއެވެ. ރައީސުލް ޖުމްހޫރިއްޔާ މަގާމުގައި ދެމިހުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅޭނީ އެކަމުގެ ފަހަތުގައި ދައުލަތް ދަވާލުމުގެ ސިއްރު އެޖެންޑާއެއް އޮވެގެނެވެ. ނޫނީ ވެރިކަން ގެއްލުމުގެ ބިރު އޮންނާތީއެވެ. 

    ސަރުކާރުން ކަންކަން ކުރަން އުޅޭގޮތާ އެކަމެއް ކުރަންއުޅޭ ސަބަބާއި އޭގެ ނަތީޖާ ސާފުކޮށް ރައްޔިތުންގެ މަޖިލީހަށް އަންގައިގެން މަޖިލީހުގެވެސް ރުހުމާއެކު ކަންކަން ކުރާ ރައީސަކު އަޒުލުގެ ބިރެއް ނުގަންނާނެއެވެ. ހެދުނު ކޮންމެ އެއްޗެއް ހަދައިގެން ވެރިކަމުގައި ބަގުޑިއެއް ނުބައްދާނެއެވެ.  

    ]]>
    Mon, 01 Apr 2024 20:22:59 +0500 ނިއުސް ޑެސްކް
    ކިޔަމަންތެރިންގެ ނަމާދު ކުރެވޭތަ! https://heerasnews.com/2368 https://heerasnews.com/2368

    ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ކީރިތި ނަބިއްޔާ އެނަމާދު އާދަކޮށް ކުރެއްވިއެވެ. އެކަލޭގެފާނުގެ އަސްހާބުންނަށް އެނަމާދު ކުރުމަށް އިރުޝާދު ދެއްވިއެވެ.

    ކުރާނީ ކިހިނެތް:

    ޟުހާ ނަމާދުގެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. އެނަމާދަށް ނިޔަތްގަނެ ދެ ރަކުޢަތް ކުރުމުން އެނަމާދު އަދާކުރެވުނީއެވެ. އެނަމާދަށް ވަކި އަދަދަކަށް ރަކުއަތްކުރުމަށް ހައްދެއް ކަނޑައެޅިފައެއް ނުވެއެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުއަތް ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. ފަސޭހަ މިންވަރަކަށް ކުރުމުން ފުދޭނެއެވެ. އާއްމުކޮށް ނަބިއްޔާ ކުރެއްވި ކަމަށް ވަނީ ދެ ރަކުޢަތެވެ. ހަތަރު ރަކުއަތްވެސް ކުރެއްވިކަމަށް ވަރިދުވެފާވެއެވެ. މައްކާ ފަތަހަ ކުރެއްވި ދުވަހު ކުރެއްވީ އަށް ރަކުއަތެވެ. 

    ސަހީހު މުސްލިމްގެ ރިވާޔަތެއް (1175)ގެ މާނާގައިވެއެވެ. "ނަބިއްޔާ ޟުޙާ ނަމާދުގެ ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި އިރާދަކުރެއްވި މިންވަރަކަށް އިތުރު ކުރައްވައެވެ."  

    މުސްލިމް (1845)އާއި ބުހާރީ (1182)ގައި އަބޫ ހުރައިރާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ ހަލީލު ތިމަންކަލޭގެފާނަށް ތިން ކަމަކަށް ވަސިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެ ރަކުއަތް ކުރުމާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ."

    މައްކާ ފަތަހަކުރެއްވި ދުވަހު ނަބިއްޔާ ޟުޙާ ނަމާދުގެ އަށް ރަކުއަތް ކުރައްވަނިކޮށް އުންމު ހާނީ ދެކެވަޑައިގަތްކަމަށް  މުސްލިމް(1177) އާއި ބުހާރީ (344) ރިވާކުރައްވާފައިވެއެވެ. 

    ޟުޙާ ނަމާދުގައި އަށެއް، ދިހައެއް، ބާރަ ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ މަދުން ރަކުއަތް ކުރުމަކީ މައްސަލައެއް ނޫންކަން އަންނަނިވި ހަދީސުން ސާބިތުވެއެވެ.

    ޟުޙާ ނަމާދު ކުރުމުގައި ސުންނަތް ގޮތަކީ ކޮންމެ ދެރަކުޢަތަކުން ސަލާމްދެމުން ދެ ރަކުއަތުން ދެ ރަކުއަތުން ނަމާދުކުރުމެވެ. ޟުޙާ ނަމާދުގެ އެންމެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. އެއީ އިރު އެރީއްސުރެ އިރު މެދު ޖެހުމާ ހަމައަށެވެ. ޟުޙާގެ ވަޤުތަކީ އެއީއެވެ. އެންމެ ރަނގަޅު ގޮތަކީ އިރުގެ ހޫނު ގަދަވެގަންނަ ވަގުތު އެ ނަމާދު ކުރުމެވެ. ރަސޫލާ ހަދީސް ކުރައްވާފައިވަނީ " ކިޔަމަންތެރިންގެ ނަމާދުވަނީ (އެބަހީ: ޟުޙާ ނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަގުތެވެ."

    ނުކޮށް ދޫކޮށްލުން:

    ޟުހާ ނަމާދު އެއް ދުވަހު ކޮށްފައި އަނެއް ދުވަހު ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ދާއިމީ ގޮތެއްގައި އެނަމާދު ކުރުމެވެ. ހަމަކަށަވަރުން މަތިވެރި ރައްބު އެންމެ ލޯބިވެވޮޑިގެންވާ އަމަލަކީ ކިތަންމެ މަދުވިޔަސް ދާއިމީގޮތެއްގައި ކުރާ ކަންކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ.

    އެންމެ ހެޔޮވެގެންވަނީ ދާއިމީ ގޮތެއްގައި ޟުހާ ނަމާދުކުރުމެވެ. ދެކޮޅުވެރިކަމެއް ނެތި ދާއިމީގޮތެއްގައި ޟުޙާ ނަމާދު ދޫކޮށްލައިފި މީހަކު ނުވަތަ ބައެއް ދުވަސް ދުވަހު އެނަމާދު ދޫކޮށްލައިފި މީހެއްގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އެހެނީ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. 

    ކިޔަވާނީ ކޮން ސޫރަތެއް:

    ޟުޙާ ނަމާދުގައި ސުންނަތްވެގެން ވަނީ ފާތިހާ ސޫރަތާއެކު އެމީހަކަށް ފަސޭހަވެގެންވީ މިންވަރަކަށް ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔެވުމެވެ. ކިޔެވުމަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ.  ވާޖިބުވެގެންވަނީ ފާތިޙާ ސޫރަތް ކިޔެވުމެވެ. އޭގެ އިތުރަށް ކިޔަވާ ކިޔެވުމަކީ ސުންނަތެވެ. ވަކި އަދަދަކަށް އާޔަތްތަކެއް ނުވަތަ ފާތިހާ ސޫރަތަށް ފަހު އެންމެ އާޔަތެއް ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިހުރިހާ ގޮތެއްވެސް ރަނގަޅެވެ.

    ވަގުތު:

    ޟުޙާ ނަމާދު ކުރެވޭނެ އެންމެ ފުރަތަމަ ވަގުތަކީ އިރުއެރުމަށްފަހު، ގާތްގަނޑަކަށް 15 މިނެޓު ފަހުންނެވެ. އެންމެ ފަހު ވަގުތަކީ މެންދުރު ނަމާދުގެ ގާތްގަނޑަކަށް 20 މިނެޓު ކުރިންނެވެ. 

    ]]>
    Mon, 01 Apr 2024 18:14:57 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ބްލޫބެރީ މޮހީޓޯ https://heerasnews.com/2367 https://heerasnews.com/2367 ހީރަސް ސުފުރާ ފަޅުފިލުވާލުމަށް ތައްޔާރުކޮށްލަން މިއުޅެނީ ބްލޫބެރީ މޮހީޓޯ ތައްޓެކެވެ. ބްލޫބެރީ މޮހީޓޯއަކީ ރޯދަވީއްލާ ގަޑިއަށް ވަރަށް ކަމުދާނެ، ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެކެވެ.

    ބޭނުންވާ ތަކެތި:

    (ބްލޫބެރީ މޮހީޓޯ ތައްޓެއް ތައްޔާރު ކުރުމަށް) 

    • 3 މިންޓްފަތް
    • 1/2 އައުންސް ބްލޫބެރީ ސިރަޕް
    • 2 އައުންސް ސްޕްރައިޓް
    • 3/4 ލުނބޯ ޖޫސް

    ގާނިޝް ކުރުމަށް:

    • މިންޓް ފަތްކޮޅެއް
    • އައިސްކިއުބް
    • ލުނބޯ ފޮތި ތުނިކޮށް ފޮތިކޮށްފައި

    ތައްޔާރުކުރާނެގޮތް:

    • މިންޓްފަތާއި ސިރަޕާއި ޝޭކަރއަށް އަޅާފައި ހަލުވާލާށެވެ.
    • އެއްކުރި މިންޓްފަތާއި ސިރަޕްގެ ތެރެއަށް ލުނބޯ ޖޫސް އަދި އައިސް ކިއުބް އަޅާފައި އިތުރަށް ހަލުވާލާށެވެ.
    • ތަށްޓެއް ނަގާފައި ތަށްޓަށް ތައްޔާރު ކުރި ބްލޫބެރީ މޮހީޓޯ އަޅާފައި އޭގެ ތެރެއަށް އައިސްކިއުބާއި ލުނބޯ ފޮތިތަކާއި މިންޓް ފަތް އަޅާފައި މައްޗަށް ސްޕްރައިޓް ފޮދު އަޅާލާށެވެ.

    ބްލޫބެރީ މޮހީޓޯ ތައްޓެއް އެހުރީ ތައްޔާރުވެފައެވެ. 

    ]]>
    Mon, 01 Apr 2024 17:04:43 +0500 ނިއުސް ޑެސްކް
    11 ދުވަހުން ޕްރޮޖެކްޓެއް ނުނިންމެންޏާ ކުރީސަރުކާރޭ ނުކިޔާ: އާޒިމް https://heerasnews.com/2365 https://heerasnews.com/2365

    ކޮންމެ 11 ދުވަހުން ޕްރޮޖެކްޓެއް ނިންމުމަކީ ކޮންމެ ވެރިއަކަށް ވާނެ ކަމެއް ނޫންކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމު ވިދާޅުވި ވިދާޅުވުމަކީ ވަރަށް ބޮޑުތެދެކެވެ. އެކަން ވާނީ ހިކުމަތްތެރި ވެރިއަކު ގައުމުގައި ހުރެގެންކަމާ މެދަކު ޝައްކެއް ނެތެވެ.

    ރައީސް މުއިއްޒު ސަރުކާރުން ކުރީ ސަރުކާރުގެ ވާހަކަ ދައްކަން ވާނީ ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ހިންގާ ނިންމަމުން ކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް މުއިއްޒު ސަރުކާރުން ފެންނަނީ ކަންކަން ކުރަން ނޭނގުމާއި ކުރީ ސަރުކާރާ ގުޅުވައި ވާހަކަ ދައްކާ މަންޒަރުކަމަށް އާޒިމް ވިދާޅުވިއެވެ. 

    ރައީސް ސޯލިހު ސަރުކާރުން ހިންގަމުން އައި މަޝްރޫއުތައް މިސަރުކާރުން ހުއްޓާލީ ފައިސާ ނެތިގެންކަމަށް ސަރުކާރުން ބުނަމުންދާ ކަމަށް ބުނި ނަމަވެސް  ފައިސާ ނެތިގެން މަޝްރޫއުތައް ހުއްޓާލިނަމަ، މި ހަފްތާ ތެރޭގައި އެއާޕޯޓެއް އެޅުމުގެ މުޅިން އައު މަޝްރޫއެއްގައި ސޮއި ނުކުރާނެ ކަމަށް އާޒިމު ވިދާޅުވިއެވެ. 

    ރައީސް މުއިއްޒުގެ ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގައި ސަރުކާރުން އިންތިހާއަށް ފައިސާ އިސްރާފު ކޮށްފައިވާކަން ދޭހަވާ ކަމަށް މާލޭ މޭޔަރ ވިދާޅުވެއެވެ. މުއިއްޒު ސަރުކާރުގެ ހުރިހާވެސް މަގުސަދަކީ ރަށްތަކުގެ ތަރައްގީ ހުއްޓުވައި، މާލެއަށް ތޮއްޖެއްސުން ކަމަށް ވިދާޅުވެ މާލޭ މޭޔަރ ކަންބޮޑުވުން ފާޅުކުރައްވައެވެ.

    އާދަމް އާޒިމު ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުން ބޭނުންވަނީ ރައިސް ސޯލިހު ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދުމަށް ކަމަށް އާޒިމް ވިދާޅުވެއެވެ. މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވީހާވެސް އަވަހަށް ގެދޮރުވެރިވެވޭނެ ގޮތެއް ހޯދުމަށް މާލޭ މީހުން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

    ]]>
    Sat, 30 Mar 2024 20:56:33 +0500 ނިއުސް ޑެސްކް
    ޖުޑިޝަރީން ބިމުގައިތިބެ ހަނދަށް ކުޅުޖަހަނީ!! https://heerasnews.com/2364 https://heerasnews.com/2364

    ޝަރީއާތްތައް ލަސްކޮށް ދިގުދެއްމުމަށް ވަރަށް ފައްކާ ހުއްޖަތެއް ގާއިމު ވެއްޖެއެވެ. ތުހުމަތަށް ބަންދު ކުރަން ޖެހޭ މީހުން ދޫކޮށްލުމަށް ވެސް އެއީ ރަނގަޅު ހުއްޖަތެކެވެ. ބޭނުންވާ ބަޔެއްގެ ބަންދު ދަންމާ ލުމަށްވެސް އެ ހުއްޖަތް ފުދެއެވެ. 

    ތެދެކެވެ. ސާބިތު ހުކުމެއްނެތި ބަންދުގައި ގިނަ ދުވަހު ތިބެން ޖެހޭ މައްސަލަ ހައްލުވާނީ ޝަރީއަތް ކުރާނެ ތަންތަން ފަނޑިޔާރުންނަށް ދައްކައިދީގެންނެވެ. ޝަރީއަތްތައް އަވަސް ކުރެވޭނެ ގޮތް ފަހިކޮށްދީގެންނެވެ. 

    ޝަރީއަތް ކުރާނެ ތަންތަން ނެތުމުގެ ބަހަނާގައި ޝަރީއަތްތައް ނުހިންގާ ބޭއްވިދާނެއެވެ. ތަންތަން ހުއްޓަސް ނެތަސް ފަނޑިޔާރުންގެ ލަސްކުރުމުގެ މަސްލަހަތުނެތް ނުފޫޒެއް ނެތް މައްސަލަތައް ވަރަށް އަވަހަށް ވަރަށް އިންސާފުން ނިންމާފައި އެބަހުއްޓެވެ. ގޮތްގޮތަށް ފުރޮޅި އެގޮތް މިގޮތްވެ ލަސްވެ ފަސްވާ ގިނަ މައްސަލަ ތަކުގެ ފަހަތުގައި އެކިޒާތުގެ މަސްލަހަތާއި ނުފޫޒު އޮންނަކަމީ ދޮގުނުކުރެވޭނެ ހަގީގަތެކެވެ.

    މައްސަލަތައް ފަސްކޮށް ލަސްކުރުމުގެ ފަހަތުގައި ވަކީލުންގެ ދައުރު ބޮޑެވެ. އެއްފަހަރާ އެތައް މައްސަލައެއް ނަގައިގެން މައްސަލަތައް ފުށުއަރައިގެން ޝަރީއަތުގެ މަޖިލިސްތައް ކެންސަލްކުރަން ޖެހިފައިހުރީކީ މަދެއް ސުމާރެއްކޮށް ނޫނެވެ. ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް އަތްގުޅިނުކާ ވަރަށް ބޮޑުވެގެން އިދާރީ ސަބަބުތަކާހެދި މައްސަލަތައް ހުއްޓި ގާވެފައި ހުރީވެސް މަދެއްކޮށް ނޫނެވެ.

    މައްސަލައެއް ނުނިމި ދިގުލައިގެން ދިޔުމުން އޭގެ ގެއްލުން ލިބެނީ ކޮން ބަޔަކަށް ކިހާވަރަކަށް ކަމެއް ނުބެލެއެވެ. ނުނިމިއޮތް މައްސަލައާއި ސިދާގޮތުންނާ ނުސީދާ ގޮތުން ގުޅިފައިވާ ކަންކަމާއި އޭގެ ނަތީޖާއަށް އެއްވެސް މީހަކު ފިކުރެއް ނުހިންގައެވެ. ތަންތަން ނެތިގެން ޝަރީއަތްތައް ނުހިންގެނީކަމަށް ބުނެ ބޮލުން ކަނޑާލީމާ ނިމުނީއެވެ. 

    ވަސީލަތްތައް ދައުލަތުން ޝަރީއަތަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި ރޮނގު އެޅުމަށް ވެއްޖެއެވެ. ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއްކަމަށް ޝަރީއަތުން ސިފަކޮށްފިއެވެ. 

    ޝަރީއަތް ކުރާނެ ތަންތަން ހޯދަން ޖުޑިޝަރީން އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ޝަރީއަތް ކުރާނެ ތަންތަން ނުލިބިއެއް ނުހުންނާނެއެވެ. ދަމަކުން ބަޑިއެއް ޖަހާހެން ސިޓީއެއް ފޮނުވާލުމަކުން އެކަމާ އުޅެވުނު ކަމަކަށް ނުވާނެއެވެ. ޖުޑިޝަރީގައި އޮތް ނެގިމަޑުވުން އެހެން މުއައްސަސާ ތަކުގައިވެސް އޮންނާނެއެވެ. ވީއިރަކުން ކުރަން ދީގެން ތިބިއްޔާ ވާނީ ވީއިރަކުންނެވެ. އެންމެ މަހެއްގެ މުސާރަ ލަސްވެލިޔަސް އެ ހޯދަން ނޫޅެ ވީއިރަކުން ވާން ދޫކޮށް ލައިގެން ތިބެވިދާނެ ހެއްޔެވެ. ނުތިބެވޭނެއެވެ. ނުވެސް ތިބޭނެއެވެ. 

    ޝަރީއަތް ކުރާނެ ތަންތަން ނެތީ ޖުޑިޝަރީން ހޯދަން ނޫޅޭތީއެވެ. ޝަރީއަތްތައް ލަސްވެ ފަސްވުމުގެ ސަބަބަކަށް ޝަރީއަތް ކުރާނެ ތަންތަން ނެތުން ހެދުމަކީ ބަހަނާއެކެވެ. ގައިރު ޒިންމާދާރު ކަމެވެ.

    ޖުޑިޝަރީއަކީ ވަރަށް މައުސޫމް، ވަކިފަރާތަކަށް ނުޖެހޭ އަދި ނުފޫޒުން މިނިވަން ބައެއް ކަމަށް ދެއްކެން އުޅުމަކީ ޑރ. ޖަމީލު ވިދާޅުވާހެން ބިންމަތީގައި ތިބެގެން ހަނދަށް ކުޅު ޖަހަން އުޅުން ކަހަލަ ކަމެކެވެ.

    ]]>
    Fri, 29 Mar 2024 21:00:23 +0500 ނިއުސް ޑެސްކް
    ނަމާދު ކުރުން މަނާ ވަގުތުތައް އެނގޭތަ! https://heerasnews.com/2363 https://heerasnews.com/2363 ސަބަބުވެރި ސުންނަތް ނަމާދުތައް ފިޔަވާ ވަކި ވަގުތުތަކެއްގައި ނަމާދު ކުރުން ނަހީ ކުރައްވަފައިވެއެވެ. ސަބަބުވެރި ސުންނަތް ނަމާދުގެ ގޮތުގައި ބެލެވޭ ބައެއް ސުންނަތް ނަމާދުގެ ގޮތުގައި އަންނަނިވި ނަމާދުތައް ހިމެނެއެވެ.

    • ކޭތަ ނަމާދު
    • ތޮވާފުކޮށްގެން ކުރާ ދެ ރަކުޢަތުގެ ނަމާދު
    • ތަހިއްޔަތުލް މަސްޖިދުގެ ދެރަކްއަތް

    އިރުޝާދު ލިބި އިލްމުވެރިން އިއްތިފާގު ވަނީ ފަތިސް ނަމާދުގެ ފަހުން ނުވަތަ އަސުރު ނަމާދުގެ ފަހުން މިސްކިތަށް ވަދެއްޖެނަމަ ތަހިއްޔަތުލް މަސްޖިދުގެ ދެ ރަކުއަތް ކުރުމަށެވެ. މެންދުރު ނަމާދަށް ގޮވުމުގެ ކުރިން ވަދެވުނަސް ތަހިއްޔަތުލް މަސްޖިދުގެ ދެ ރަކުއަތް ކުރުމަށެވެ. ރޭގަނޑުވިޔަސް އަދި ދުވާލު ވިޔަސް ކޮންމެ އިރެއްގައިވެސް މިސްކިތަށް ވަދެވިއްޖެނަމަ ތަހިއްޔަތުލް މަސްޖިދުގެ ދެ ރަކުޢަތް ނުކޮށް ނުއިށީނުމަށެވެ.

    ހުރިހާ ވަގުތެއްގައިވެސް ތަހިއްޔަތުލް މަސްޖިދު ކުރެވޭނެއެވެ. ސަބަބީ ނަމާދުތައް އެ ވަގުތުތަކުގައި ކުރުން ނަހީކުރައްވާފައި ނުވެއެވެ. 

    ނަމާދުކުރުން ނަހީ ވަގުތުތައް:

    • ފަތިސްނަމާދުގެ ފަހުން އިރު ލޮންސިއެއްގެ މިންވަރަށް އަރައްޖައުމަށް ދާންދެން. ލޮންސިއަކަށް އެރުމޭ ބުނެވޭ ބަހުގެ މާނައަކީ ސަތަހައިން މައްޗަށް ލޮންސިއެއްގެ އުސްމިނަށް އިރު އެރުމެވެ. ވަގުތުން ބަލާނަމަ އިރުއަރާގަޑިން ފެށިގެން ގާތްގަނގަޑަކަށް 15 މިނެޓު ނުވަތަ 20 މިނެޓު ވަންދެނެވެ.
    • މެންދުރުނަމާދުގެ ވަގުތު ފެށުމުގެ އިރުކޮޅެއް ކުރިއެވެ. އެއީ އިރު މެދުން ފިލުމުގެ ގާތްގަނޑަކަށް 10 މިނެޓު ކުރިންނެވެ.
    • އަސުރު ނަމާދު ފަހުން ފެށިގެން އިރުއޮއްސެންދެނެވެ. 

    ނަހީގެ ވަގުތުތައް ދެނެގަތުމުގައި ވިސްނާލުން މުހިންމު ކަންކަން:- 

    1. އިރު އަރާ ގަޑިން ފެށިގެން 12 މިނެޓު ފަހުން ލޮންސިއެއްގެ މިންވަރަށް އިރު އުފުލޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މިކަމުގައި ރައްކާތެރި ގޮތަކީ 15 މިނެޓު ނުވަތަ 20 މިނެޓު މަޑުކޮށްލުމެވެ.
    2. ހުލާސާކޮށް ބަލާނަމަ ނަމާދުކުރުން ނަހީކުރެއްވީ 3 ވަގުތެކެވެ. އަދި ތަފްސީލުކޮށް ބަލައިފިނަމަ އެއީ 5 ވަގުތެކެވެ.
    • ހުލާސާކޮށް އެ 3 ވަގުތަކީ:
    1. ފަތިސްނަމާދު ފަހުން ފެށިގެން އިރު ލޮންސިއެއްގެ މިންވަރަށް އަރަންދެން
    2. މެންދުރު (އިރު މެދު ޖެހި) އެންމެ ހޫނު ގަދަވާ ވަގުތުން ފެށިގެން، އިރު މެދުން ފިލަންދެން
    3. އަސުރު ނަމާދު ފަހުން ފެށިގެން އިރު އޮއްސެންދެން
    • ތަފްސީލުކޮށް އެ 5 ވަގުތަކީ:
    1. ފަތިސްނަމާދު ފަހުން ފެށިގެން އިރުއަރަންދެން
    2. އިރު އަރާ ވަގުތުން ފެށިގެން ލޮންސިއެއްގެ މިންވަރަށް އިރު އަރަންދެން
    3. މެންދުރު (އިރު މެދު ޖެހި) އެންމެ ހޫނު ގަދަވާ ވަގުތުން ފެށިގެން، އިރު މެދުން ފިލަންދެން
    4. އަސުރު ނަމާދުން ފެށިގެން އިރު އޮއްސެންދެން
    5. އިރުއޮއްސެން ދާ ވަގުތުން ފެށިގެން އިރުއޮއްސުން ފުރިހަމަ ވަންދެން

    ]]>
    Fri, 29 Mar 2024 18:09:46 +0500 ނިއުސް ޑެސްކް
    ރަސްމާލެ ނުހިއްކިގެން އުޅޭއިރު އެޅޭނީ ކޮން ޓަނަލެއް! https://heerasnews.com/2362 https://heerasnews.com/2362 މާލެ އާއި ފުށިދިއްގަރުފަޅު ކަނޑު އަޑިން ގުޅާލުމުގެ ވާހަކަ އަނެއްކާ ދައްކަން ފެށީއެވެ. ގުޅާލަނީ ރޭލު ޓަނަލަކުން ނޯލައެވެ. ރޭލުން ދަތުރު ކުރަމުން ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނާނެޔޯލައެވެ.

    މާލޭގެ ބޯހިޔާވަހިކަމުގެ ބިޔަ މަސްރޫއުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަންފެށީ ރައީސް މުއިއްޒު ގޮތްދޫ ނުކުރުމާއި ބޯހަރުކަމުންނެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ގްރޭޓާރ މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ނުދިނުމުގެ ބަހަނާއެއްގެ ގޮތުގައެވެ. އެއްވެސް ޕްލޭނެއް ބަޖެޓެއް ނެތި އަވަސް އަރުވާލައިގެން ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ބޭނުމަކަށް މާލެ ސަރަހައްދުގެ ބިންތައް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ހޯދުން ހިމެނެއެވެ.  

    މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ސިޓީމޭޔަރު ކަމަށް ކުރެއްވި ކެންޕޭން ތެރޭގައި ވިދާޅުވަމުން ގެންދެވި ވާހަކަތަކެއް އޮތެވެ. ފުށިދިއްގަރު ފަޅަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްލު ނޫންކަމަށް އާޒިމް ވިދާޅުވަމުން ގެންދެވިއެވެ. ކަނޑު އުޅަނދެއްގައި މާލޭ މީހުން ފުށިދިއްގަރުފަޅަށް ދަތުރުކުރަން ބޭނުންނުވާ ކަމަށް އާޒިމު ވިދާޅުވަމުން ގެންދެވިއެވެ. މާލެއާއި ބުރިޖުން ގުޅާލެވެން އޮތް ގުޅިފަޅާއި އުތުރުތިލަފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް3 މާލޭ ރައްޔިތުންނަށް ތަރައްގީ ކޮށްދެއްވުމަށް ތަކުރާރުކޮށް އާޒިމް ވިދާޅުވަމުން ދިޔައެވެ. 

    ރަސްމާލެ ޓަނަލުގެ ވާހަކައަކީ މޭޔަރ އާޒިމުގެ ވާހަކަތަކަށް ރައްދު ދިނުމަށް ކުއްލިއަކަށް އުފަންކުރި ވާހަކަ އެކެވެ. ކަނޑުއަޑީގެ ޓަނަލެއްގެ އަގާއި އެކަމުގައި ހުރި ގޮންޖެހުންތަކާއި މާލީ ފޯރުންތެރިކަން ނެތްކަމާ މެދުކުޑައިކޮށްވެސް ވިސްނާނުލައެވެ. ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ޓަނަލް ރާއްޖޭގައި އަޅާނެކަމަށް ބުނެ މޭޔަރ ހުވާކުރި ޖަލްސާގައި މުއިއްޒު ދެއްކި ވާހަކައަކީ އާޒިމަށް ރައްދު ދިނުން ނޫން ބޭނުމަކު ދެއްކި ވާހަކައެއް ނޫނެވެ.   

    އަޖައިބެއް ނުވާނެ ހެއްޔެވެ. ކޮށި އަރައިގެން އަވަހިއްޔާ އަވަހަށް ބަޖެޓުން ބޭރުންފެށި ރަސްމާލެ ހިއްކުން އެއޮތީ ހުއްޓިފައެވެ. އަލުން ހިއްކަންފެށޭނެ ދުވަހެއްގެ ކޮޅެއް މެދެއް ނޭނގެއެވެ. ގުޅިފަޅު ހިއްކަންޏާ ހިޔާވަހި ކަމުގެ ބިޔަ މަޝްރޫއު ރަސްމާލެ ޖެހެނީ މެދުކަނޑާލާށެވެ. ވާނީ އެހެންތާއެވެ. ހުޅުމަލެ ހިއްކިޔަސް ގުޅިފަޅު ހިއްކިޔަސް ރަސްމާލެ ހިއްކިޔަސް ހިއްކުމުގެ މަސައްކަތުގައި ބޭނުން ކުރަން އޮތީ އެންމެ ޑްރެޖަރެކެވެ.

    މުއިއްޒުގެ ރަސްމާލެ އޮތި އަދި އަޑީގައެވެ. މަސައްކަތް ހުއްޓިފައެވެ. މަސައްކަތަށް ބޭނުންވާ ވެއްޔެއް ހަކަތައެއް ގާބިލުކަމެއް ނެތެވެ. ފަޅެއްގެ ތެރޭގައި ރަށެއް ހިއްކާނުލެވި ޝެޑިއުލުން ކައްސާލާ ރަސްމާލެ ކަސްމާލެއަށް ވާއިރު އެޅެނީ ކޮން އަންޑަރވޯޓަރ ޓަނަލެއް ހެއްޔެވެ. ޓަނަލް މަޝްރޫއުގެ ޑިޒައިން މަސައްކަތް ކުރުމަށް އެކަމަށް ގާބިލް ދެތިން ކުންފުންޏެއް ރާއްޖެ ގެންނަ ވާހަކަ ދައްކައިގެން މީހުން ޅޮސް އުނދޯއްޔަށް އަރުވައިގެން މަޖިލީހުގެ މާލޭ ގޮނޑިތައް ހޯދުމުގެ ހުވަފެން މުއިއްޒު ނުދެކޭށެވެ.

    ރަސްމާލެ އާއި މާލެ އާ ރޯނު ފަށަކުން ވެސް ގުޅާލެވޭނީ ރަސްމާލެ ހިއްކިގެންތާއެވެ. ރޭލުގައި އިންނަ އިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ގޮތަށް ކަނޑު އަޑީގެ ޓަނަލަކުން ގުޅާލަން ކައްކާ ހިޔާލީ ފޮލަޔަކަށް ރައްޔިތުން ގުނބޯ ހެއްދުނު ދުވަސް މާޒީވެއްޖެއެވެ. ރަސްމާލެ ނުހިއްކިގެ އުޅޭއިރު ކަނޑުއަޑިން އެޅޭނީ ކޮން ޓަނަލެއް ހެއްޔެވެ. 

    ]]>
    Fri, 29 Mar 2024 16:15:55 +0500 ނިއުސް ޑެސްކް
    ސަސްޕެންޑްކުރި ނައިބުންނަށް މުސާރަ ދިނުމަކީ ހިޔާނާތެއް! https://heerasnews.com/2361 https://heerasnews.com/2361 ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ރައީސުލްޖުމްހޫރިއްޔާއަށް ބާރުދެނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ މަގާމްތަކަށް މީހުން އައްޔަނު ކުރުމާއި ވަކިކުރުމާއި އިސްތިއުފާ ގަބޫލުކުރުމަށެވެ. މަގާމުގައި ތިބި ބަޔަކު ވަކިނުކޮށް ސަސްޕެންޑްކޮށްފައި ބައިތިއްބައިގެން ދައުލަތުން މުސާރަދޭކަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ބާރެއް ނުދެއެވެ. 

    މަގާމުގެ ވާޖިބު އަދާނުކުރެވޭ ގޮތަށް އެކަކުކުވެސް އެންމެ ދުވަހަކު ބަހައްޓައިގެން ވެސް މުސާރަޔާއި އިނާޔަތްތައް ދިނުމަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރާކަމަކެވެ. މަގާމުގެ ވާޖިބު އަދާ ނުކުރެވޭ ގޮތަށް މީހުން އައްޔަނުކޮށްގެން ބަޔަކަށް މުސާރަ ދިނުމަކީ ދައުލަތަށްވާ ހިޔާނާތެކެވެ. ހިންގާ ކޮރަޕްޝަނެކެވެ. 

    ރައީސުލްޖުމްހޫރިއްޔާއެއް ކަމަކު ވެރިކަން ކުރަންޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށެވެ. އެގޮތަށް އެހެން އެކަން ނުކުރެވޭނެ ކަމަކަށް ގާނޫނަކު ނެތޭ ބުނެ ގާނޫނުގެ ރޫހާ ހިލާފަށް އެއްވެސް ކަމެއް ހުއްދަކޮށެއް ނުގަނެވޭނެއެވެ. 

    ހާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ވެސް ރައީސަށް އޮންނަ ބާރެކެވެ. އަވަށްޓެރި ގައުމުތަކުގެ ވެރިންނަށާއި ގައުމުތަކަށް ކުޑައިމީސްކޮށް ބައިނަލް އަގުވާމީ ގުޅުންތަކަށް ބުރޫއަރާ ވަރަށް ދިވެހި ދައުލަތުގެ މަތީފަންތީގެ ވެރިން ފުރައްސާރަ ކުރުމަށް ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ކަނޑައެޅިފައި އޮތްކަން އެނގޭ އެއްވެސް ހާރިޖީ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށްފައެއް އަދި ނެތެވެ. އެހެން ކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވެގެން އިސްކޮށްފައި ތިބޭވެރިން ހަރިޖީ ސިޔާސަތު ފުށުއަރާ ގޮތަކަށް އަމަލުކުރުމުން ކުރަން ޖެހެނީ ސަސްޕެންޑެއް ނޫނެވެ. ޖެހޭނީ މަގާމުން ވަކިކުރާށެވެ. 

    މުސާރައާއި އިނާޔަތް ދީފައި ސަސްޕެންޑްކޮށްފައި މަގާމުގައި އެފަދަ އަމަލު ކުރާބަޔަކު ބައިތިއްބައިގެން ނުވާނެއެވެ. ޖެހޭނީ މަގާމުން ވަކިކުރާށެވެ. އެބަޔަކު މަގާމުން ވަކިނުކޮށް އެމީހުނަށް ދައުލަތުން ލޯލާރިއެއް ވެސް ހަރަދު ކުރުމަކީ ބޮޑު ހިޔާނާތަކަށް ނުވާނެއެއްވެސް ގޮތެއްނެތެވެ. 

    ޔޫތު މިނިސްޓްރީގެ ތިންނައިބުން މަގާމުގެ ވާޖިބު އަދާނުކޮށް ސަސްޕެންޝަނުގައި ބައިތިއްބައިގެން ދައުލަތުން މުސާރަ ދޭ ދިނުން ވަގުތުން ވަގުތަށް ހުއްޓުވަން ޖެހެއެވެ. މުސާރައާއި އިނާޔަތުގެ ގޮތުގައި އެމީހުނަށް ދައުލަތުން ދީފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދަންޖެހެއެވެ. އެންޓިކޮރަޕްޝަން ކޮމިޝަނާއި އޯޑިޓަރ ޖެނެރަލާއި ރައްޔިތުންގެ މަޖިލީސް ނިދާފައި މިއޮންނަނީ ކާކުދެކެ ކޮންކަމަކާ ބިރުން ހެއްޔެވެ.    

    ]]>
    Thu, 28 Mar 2024 22:09:22 +0500 ނިއުސް ޑެސްކް
    މުއިއްޒަށް މަޖިލިސް ލިބުނަސް ނުލިބުނަސް ރާއްތެރިކަމެއްނެތް! https://heerasnews.com/2360 https://heerasnews.com/2360 ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު މުއިއްޒަށް ނުލިބިއްޖެނަމަ ގާނޫނީ ހަމަ އަޅުވައިގެން މުއިއްޒު ހިތުހުރިކަމެއް ހިތުހުރި ގޮތަކަށް ނުކުރެވޭނެކަން އެނގެއެވެ. ގާނޫނާއި ހަމަޔަކަކީ މުއިއްޒުގެ ވިދާޅު ބަސްފުޅަށް ހެދޭނީ މުއިއްޒަށް މަޖިލިސް ލިބިގެންނެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު މުއިއްޒަށް ނުލިބޭކަން އެންމެ ބޮޑަށް ގަބޫލު ކުރަނީ މުއިއްޒެވެ. 

    ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރައީސުލްޖުމްހޫރިއްޔާ ކުރާހާކަމަކާއި ކުރުވާހާ ކަމެއް ގާނޫނީ ގޮތުން ހަލާލު ކުރުމަށްޓަކާ މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލް މުހިންމެވެ. އެކި ފަހަރު މުއިއްޒާ އަދުރޭ ދައްކާ ވާހަކައިން ރައްޔިތުންގެ މަޖިލީހާއި ހެދި ސަރުކާރުން ބޭނުންހާ ކަމެއް ބޭނުން ވާއިރަށް ބޭނުންހާ ގޮތަކަށް ނުކުރެވިގެން އުޅޭކަން އެނގެއެވެ.

    އެކްޕަޔަރ ވަމުން އަންނަ އަންނަ 13 ޕްރޮޑަކްޓެއް އޮބު ނޯންނަވަރު އަގެއްގައި ގަނެގެން ފިހާރައިގެ ހަރުގައި ޖަހާލާފައި ބެހެއްޓުމަކުން މާމޮޅު ވިޔަފާރިވެރިއަކަށް ނުވެވެއެވެ. މުއްދަތު ހަމަވާތީ އެކްސްޕަޔަރވާ މުދާތަކެއް މޮޔައެއްގެ ބޮލުގައި އަޅުވާލާހެން އައު ކަމަޅިމަތީ އެއްޗިއްސެއް ކޮންމެ ކޮންމެ މީހަކަށް ނުގެންދެވޭނެއެވެ. ދައުރު ހަމަވަމުން ދާތީ ލާރިކޮޅެއް ހަދާލި އިތުބާރު ގެއްލިފައި ތިބި ބަޔަކު ގަނެލެވުނަސް މަޖިލީހަށް އަލަށް ހޮވޭ މީހުން ގަނެގެން ގެންގޮސްގެން މަޖިލީހުގެ ކޮންޓްރޯލު ނަގާނަމޭ މުއިއްޒަށް ހީވާ ކަހަލައެވެ.

    މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލު ލިބިއްޖެނަމަ މަޖިލިސް ވެގެންދާނީ މުއިއްޒުގެ ރަބަރުތައް ގަނޑަށެވެ. ގާނޫނުން ރައްޔިތުން ބަދެލައިގެން މުއިއްޒުކުރާނީ ކުރާނެ ކަމެކެވެ. އާރެއް ބާރެއް ނެތް އިރުވެސް މުއިއްޒުގެ ކިބައިން އެހުރެ ފެންނަނީ ހުދުމުހުތާރު ކަމާއި ގޮތްދޫނުކުރުމާއި ގަދަކަން ދެއްކުމެވެ.

    މުއިއްޒުގެ ކެންޑިޑޭޓާއި ޕާޓީ ކެންޑިޑޭޓް ވަކިން ވާދަކުރަން ނެރެގެން ދާއިރާތައް މުއިއްޒު ރޫލާލަނީ ނޭނގިގެނެއް ނޫނެވެ. ޕީޕީއެމް ޕީއެންސީގެ ތެރެއިން ރައީސް ޔާމީނުގެ ވަފާތެރިން ތަކެއް ހޮވެދާނެތީއެވެ. ރައީސް ޔާމީނަށް ވަފާތެރިއަކު މަޖިލީހަށް ހޮވުމަށްވުރެ މަޖިލީހުގައި މުއިއްޒުގެ މެންބަރަކު ނެތުން ވެސް މުއިއްޒު މާ ހިތްހަމަ ޖެހެއެވެ. 

    20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ހޯދުމަށް ގިނަގުނަ މަސައްކަތް ކުރަމުން ދިޔަސް މަޖިލީހުގެ ކޮންޓްރޯލް މުއިއްޒަށް ލިބޭތަނެއް ނުފެނެއެވެ. އެހެން ކަމުން އެންޓި ޑިފެކްޝަން (ޕާޓީ ބަދަލު ނުކުރެވޭ) ގާނޫނަކާއެކު އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯ ލިބިއްޖެނަމަ ކަންކަން އާހިރަށް އަރާނެއެވެ. 

    މިނިވަން މުއައްސަސާތައް ކުޑަކަކޫ ޖައްސާ ފަނޑިޔާރުން ހުރަގެއަށް ލާނެއެވެ. ނޫސްވެރިކަމުގައި ތަޅުއަޅުވާ ހިޔާލު ފަޅުކުރާ އަނގަތަކުގައި މަލަން އަޅާނެއެވެ. ވާދަވެރި ސިޔާސީ ލީޑަރުން ޖަލަށްލާ އިދިކޮޅު ސިޔާސީ ޕާޓީތައް ބޭން ކުރާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލާ ގާނޫނު އަސާސީ ކިހިލި ޖަހާލާނެއެވެ. މުއިއްޒުގެ ގޮށްމުށުގެ ވެރިކަން ހިންގާ ދޭނީ ސިފައިންނާއި ފުލުހްނެވެ. 

    ހަމަތެދެކެވެ. ޑޮކްޓަރ މުއިއްޒު ސިފައިން ރުއްސާ ބާރުބެރި ކުރުވަން އެއުޅެނިއްޔަކީ ގައުމީ ސަލާމާތާ ރައްކާތެރި ކަމަށްޓަކައެއް ނޫނެވެ. ސިފައިންނަށް ތިމާގެ ހެޔޮކަމާއި މުގައްދަސްކަން ދައްކައިގެން ސިފައިންގެ ބާރުން ބާރު ހޯދައިގެން ގައުމު މުއިއްޒަށް އަޅުވެތިކުރާށެވެ.

    ]]>
    Thu, 28 Mar 2024 19:10:55 +0500 ނިއުސް ޑެސްކް
    ގޮށްމުށު ވެރިކަމަކަށް މުއިއްޒު ސިފައިން ތައްޔާރުކުރަނީ؟! https://heerasnews.com/2359 https://heerasnews.com/2359 ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ފެށުމާއެކު އަދުރޭ އިއުލާނުކުރީ މުއިއްޒުވެރިކަމުގެ ދިހަ އަހަރު ފެށުނީ ކަމަށެވެ. އަދުރޭގެ ވާހަކަ މިހެން ހުރި އިރު މުއިއްޒުގެ އަމާޒު ހުރީ ވިހި ތިރީސް އަހަރަށްކަން އެނގެއެވެ. ވިހިތިރީސް އަހަރު ވަންދެން މިޒަމާނުގައި ވެރިކަމެއްގައި ދެމިހުރެވޭނީ ލައްކަ ނުލަފާ ޑިކްޓޭޓަރަކަށެވެ.

    ޑިކްޓޭޓަރެއްގެ ނުލަފާކަން ދައްކާ ރައްޔިތުން އޮބި އަޅުވާ މައިތިރި ކުރަން ގާނޫނަކީ މުހިންމު އެއްޗަކަށް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އޮންނާނީ ވިދާޅު ބަސްފުޅު ހަލާލުކުރާ ރަބަރު ސްޓޭމްޕް މަޖިލީހެކެވެ. ވެރިކަމުގެ ހުރިހާ އާރަކާ ބާރެއް ހިންގާދޭނީ ވެރިމީހާއަކީ މުގައްދަސް ފަރާތްކަމަށް ގަބޫލުކުރުވާ ބާރުވެރި ކުރުވާފައި އޮންނަ ސިފައިންނެވެ.

    އެހެންކަމުން ސިފައިންނަށް މުއިއްޒު ކަންކަން ކޮށްދޭނެއެވެ. ގެދޮރުވެރިކަން ވެސް ކަށަވަރު ކޮށްދޭނެއެވެ. ބޭސް ފަރުވާއާއި މުދާވެރިކަން ވެސް ކަށަވަރު ކޮށްދޭނެއެވެ. މުޅި ދައުލަތް އެކުގައި ބަންޑުން ޖަހާލައިގެންވެސް މުއިއްޒު ސިފައިންގެ ރުހުން ހޯދާނެއެވެ. ދުނިޔެ ދުށް ހުރިހާ ޑިކްޓޭޓަރުން ހިނގާފައިވަނީ މި މަގުންނެވެ. އީޑީ އަމީނެއް މުގާބޭއެއް ކާސްޓްރޯއެއް ކިޔާނެކަމެއް ނެތެވެ. ދުނިޔޭގައި މިވަގުތު ތިބި ޑިކްޓޭޓަރުންނަށް ބެއްޔަސް އެ ނޫން ސިފައެއް ނުފެނެއެވެ.

    ސިފައިންގެ ބޯ ދޮވެލުމަށް ޑިކްޓޭޓަރުން ބޭނުންކުރާ އުކުޅަކީ ގައުމިއްޔަތާއި ދީނެވެ. ގައުމިއްޔަތުގެ ޖާދޫގައި ޖައްސައިގެން ގައުމިއްޔަތުގެ ކުރިބޯއްޓަކީ ވެރިމީހާ ކަމަށް ގަބޫލުކުރާ ވަރަށް ބޯ ދޮއްވާލައެވެ. ވެރި ޑިކްޓޭޓަރާއި ނުލާ ގައުމެއް ދީނެއް ނުއޮންނާނެ ކަމަށް ގަބޫލުކުރާ ވަރަށް ސިފައިންގެ ބޯ ދޮއްވާލައެވެ. ތަފާތު ފިކުރާއި ތަފާތު ވިސްނުމަކީ ބޮޑުފާފައަކަށް ހަދައެވެ. 

    ގަބޫލު ކުރިޔަސް ނުކުރިޔަސް ރާއްޖޭގެ ރައީސް ކަމުގައި މިހާރު ހުރި މުއިއްޒު އެދަނީ އެ މަގުންނެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް މުއިއްޒަށް ލިބުނަސް ނުލިބުނަސް ވެރިކަން ކަށަވަރުކޮށް ވެރިކަމުގައި ދެމިހުރުމަށް ސިފައިން ބާރުވެރި ކުރުމުގެ ނަމުގައި ބޯ ދޮއްވުމުގެ މަސައްކަތް ފާޅުކޮށް އެދަނީ ކުރަމުންނެވެ. 

    މުއިއްޒު ވަރުގަދަ ޑިކްޓޭޓަރަކަށް ވުމަށްޓަކާ އެހީތެރިކަން ހޯދަނީ އިސްލާމީ ދުނިޔޭގެ މިހާރުގެ ގާއިދަށް ހެދިގެންއުޅޭ އުރުދުގާނުގެ ތުރުކީއާއި ޗައިނާއިންނެވެ. ރާއްޖޭގެ ވެރިކަން ޑިކްޓޭޓަރ ޝިޕަކަށް ފޮރޮޅާލަން މުއިއްޒު އިރުޝާދު ހޯދަނީ ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތް ހުދުމުހުތާރުވެރިންގެ ކިބައިންނެވެ.

    ޗައިނާގެ ރައީސަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ގޮތުގައި އޮތް 1.4 ބިލިޔަން މީހުންގެ މައްޗަށް ބާރުހިންގާ ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސްވެރިޔާގެ ގޮތުގައި 2012 ވަނަ އަހަރާއި ހުރުމަށްފަހު 2013 ވަނަ އަހަރުން ފެށިގެން ޗައިނާގެ ރައީސްކަން ކުރަމުންދާ ކޮމިނިސްޓެކެވެ.

    އުރުދުގާނަކީ މާވަރުގަދަ އިސްލާމީ ގާއިދަކަށް ހެދިގެން ވެރިކަމަށްޓަކާ ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު މަރާލާ އެތައް ހާސް ބަޔަކު ޒަހަމްކޮށް ވަޒީފާއިން ވަކިކޮށް ހައްޔަރުކުރި ޑިކްޓޭޓަރެކެވެ. ފަލަސްތީނަށް މަދަދުވެރިވަނީ ވެސް އަނގައިންނެވެ. ދީނާއި މުސްލިމުންގެ ނަމުގައި ގަދަ ބަސް ބުނުމާއި ގޮތް ދެއްކުންނޫން ކަމެއް ނެތް އުރުދުގާނަކީ ސިޔާސީ ވާދަވެރިންގެ ވަސް ގައުމުން ފުހެލުމަށް އެންމެ އަނިޔާވެރިކޮށް އަމަލުކުރި ޑިކްޓޭޓަރެވެ.  

    ]]>
    Thu, 28 Mar 2024 17:49:02 +0500 ނިއުސް ޑެސްކް
    މަރުވުމުންވެސް ހުއްޓިނުދާ އަމަލު! https://heerasnews.com/2358 https://heerasnews.com/2358 މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެއެވެ. އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އަމަލުތައް ހުއްޓި ދެއެވެ. އެހަދީސް ފުޅުގައިވާ ތިންކަމަކީ:- 

    • ދެމިގެންދާ ސޮދަގާތް
    • ފައިދާ ކުރަނިވި އިލްމް
    • ހެ ޔޮދުއާ ކުރާނޭ ސޯލިހު ދަރިން

    އިންސާނާ މަރުވުމަށްފަހު ތިން ކަމަކުން މެނުވީ އޭނާއަށް ފައިދާއެއް ނުކުރާނެކަން ރަސޫލާގެ ހަދީސްފުޅުން ރަނގަޅަށް އެނގެއެވެ.

    ރަސޫލާ ހަދީސް ކުރެއްވި ތިންކަންތަކުގެ ތެރެއިން:-

    • ފުރަތަމަ ކަމަކީ، ދެމިގެންދާ ސޮދަގާތެކެވެ.

    ދުނިޔެއަށް ދޫކޮށްފައިދާ ދެމިގެންވާ ސޮދަގާތުގެ ބައެއް މިސާލަކީ:-

    • މިސްކިތެއް ބިނާކޮށްފައި ދިޔުން،
    • ސްކޫލެއް ބިނާކޮށްފައި ދިޔުން،
    • ފެން ވަޅެއް ބިނާކޮށްފައި ދިޔުން،
    • ވަޤްފެއް ދޫކޮށްފައި ދިޔުން

    ފަދަ ކަންކަމެވެ. އެކަންކަމުން މީސްތަކުން ފައިދާ ލިބިގަންނަހާ ހިނދަކު އޭނާ ކަށްވަޅުގައި އޮތަސް އެކަމުގެ ސަވާބާއި ދަރުމަ ލިބިމުން ދާނެއެވެ.

    • ދެވަނަ ކަމަކީ، ދޫކޮށްފައިދާ ފައިދާ ކުރަނިވި އިލްމެކެވެ.

    ދޫކޮށްފައިދާ ފައިދާ ކުރަނިވި އިލްމުގެ މިސާލުތައް ބައިވަރެވެ. އޭގެތެރޭގައި:-

    • ފައިދާހުރި އިލްމުތައް އުގަންނައިދިނުން
    • ފައިދާ ހުރި އިލްމީ މައުލޫމާތު ފެތުރުން
    • ފައިދާ ހުރި އިލްމު އުނގަންނައިދޭ ވަސީލަތްތައް ގާއިމުކުރުން
    • ފައިދާ ހުރި އިލްމީ ފޮތްތަކާއި އެޕްލިކޭޝަންތަކާއި ޕްރޮގްރާމްތައް ތައްޔާރުކޮށް ފެތުރުން
    • ފައިދާ ހުރި އިލްމީ ހޯދުންތައް ހޯދާ އާއްމުކުރުން
    • ފައިދާ ހުރި އިލްމީ އިނޮވޭޝަންތަކާއި ޓެކްނޮލްޖީތައް ތައާރަފްކުރުން ފަދަ އެތައް ކަމެއް ހިމެނެއެވެ/

    އެކަމަކުން މީސްތަކުން ފައިދާ ލިބިގަންނަހާ ހިނދަކު އޭނައަށް އެކަމުގެ ސަވާބާއި ދަރުމަ މެދުނުކެޑި ލިބެމުން ދާނެއެވެ. އެހެންކަމުން، މީގެ ތެރޭގައި ހިމެނޭނީ އިލްމުވެރިން އެކަންޏެއް ނޫނެވެ. އިލްމުވެރިންނާއި އެކުގައި އެ އިލްމު މީސްތަކުންގެ މެދުގައި ފަތުރާ މީހުންވެސް ހިމެނޭއެވެ. މިސާލަކަށް، މީހަކަށް ފޮތެއް ހަދިޔާ ކުރުމުގެ ސަބަބުން އެ ފޮތުން އެމީހަކު ފައިދާ ލިބި ، އެނާގެ ފަރާތުން އެހެން މީހަކަށް އެކަމުން ފައިދާ ލިބި ، އެގޮތަށް ކިތަންމެ ދުރަކަށް ދިޔަޔަސް އެ ފޮތް ހަދިޔާ ކުރި މީހާއަށް އެ އެ އެންމެންގެ ސަވާބާއި ދަރުމަވެސް ލިބިގެން ދާނެއެވެ. 

    • ތިންވަނަ ކަމަކީ، ހެޔޮދުއާ ކުރާނެ ސޯލިހު ދަރިއެއް ދޫކޮށްފައި ދިޔުމެވެ.

    އެ ދަރިފުޅު ކުރާ ހެޔޮ ދުއާގެ ސަވާބާއި ދަރުމަ މައިންބަފައިންނަށް މެދުނުކެޑި ލިބިލިބި ހުންނާނެއެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށްފައި ދިޔުމަކީ މައިންބަފައިންނަށް ކުރެވޭ އެންމެ ރަނގަޅު އެއް ކަންތަކެވެ. ސޯލިހު ދަރިޔަކު ތަރުބިއްޔަތު ކުރުން ފައިދާ ކުރަނިވި އިލްމެއް ދޫކޮށްފައި ދިޔުމުގެ ކެޓަގަރީގައިވެސް ހިމެނޭނެއެވެ. މައިންބަފައިން ދަރިންނަށް ދޭ ހެޔޮ ތަރުބިއްޔަތާއި ނަސޭހަތް ދަރިން އެދަރިންގެ ދަރީންނަށް ފޯރުކޮށްދޭނެއެވެ. އެހެންކަމުން، އެތައް ޖީލަކަށް އެ މައިންބަފައިންނަށް ސަވާބާއި ދަރުމަ މެދުނުކެޑި އިލްމު ފެތުރި ކެޓަގަރީންވެސް ލިބިލިބި ހުންނާނެއެވެ.

    މަރާ ބައްދަލު ވުމުގެ ކުރިން، ކޮނމްމެ މީހަކުވެސް މިކަންކަމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ހުރިހާ އަމަލުތަކެއްގެ ނެތިދާ ދުވަހު، އިސްވެ ދިޔަ ތިން އަމަލު ދެމިއޮންނާނެއެވެ. ދެމިގެންދާނެ މަންފާ ލިބެނިވި އަމަލުތަކެއްގެ ގޮތުގައެވެ. 

    ]]>
    Wed, 27 Mar 2024 19:49:17 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: އޯޓުކުޅި ބޯކިބާ https://heerasnews.com/2357 https://heerasnews.com/2357 ހީރަސް ސުފުރާ ހިމަނާލަން މިއުޅެނީ އާދައިގެ  ކުޅި ބޯކިބަލެއް ނޫނެވެ. އޯޓްސް ބޭނުން ކޮށްގެން އަޅާ އޯޓުކުޅި ބޯކިބާ އެޅުމަކީ ނިކަން ފަސޭހަކަމެކެވެ.

    ބޭނުންވާތަކެތި:

    • 1 ޖޯޑު އޯޓްސް
    • 1 ޖޯޑު ފެނުކައްކާފައިވާ އަލުވި
    • 1 މަސްދަޅު
    • 1/2 ލުނބޯގެ ހުތް
    • 1 ފިޔާ
    • 10 ހިކަނދިފަތް
    • 1/2 ގިތެޔޮމިރުސް
    • 1/4 ސައިސަމްސާ ރީނދޫ
    • 1 ސައިސަމުސާ ޗިސްކޮށްފައިވާ އިނގުރު
    • 1 ލޮނުމެދު (ޗިސްކޮށްފައި)
    • ރަހަލާވަރަށް ލޮނު
    • 1 ސައިސަމްސާ ތެޔޮ

    ހަދާނެގޮތް:

    • އޯޓްސް ޕެކެޓުގައިވާ ބުނެފައިވާ ގޮތަށް އޯޓްކޮޅު ތައްޔާރުކޮށްލާށެވެ. ފެންކޮޅަކަށް އަޅާފައި ކުޑައިރުކޮޅަކު ބަހައްޓާލުން ނޫންކަމެއް ކުރާކަށް ވަރަށް މަދުން ނޫނީ ޕެކެޓްގައި ބުނެފައެއް ނޯވެއެވެ.
    • ގިތެޔޮމިރުހާއި ފިޔައާއި ހިކަނދިފަތް ތުނިކޮށް ކޮށާލާށެވެ.
    • ކޮށި ތަކެއްޗާއި އިނގުރާއި، ލޮނުމެދާއި، ލުނބޯ ހުތް ލޮނުކޮޅާއި އެކު ރަނގަޅަށް މޮޑެލާށެވެ.
    • މޮޑެލި ތަކެތީގެ ތެރެއަށް މަސްދަޅާއި، އަލުވި، ރީނދޫ އަދި އޯޓްސްކޮޅު އަޅައި އެއްކުރާށެވެ.
    • ތަވައެއް އުދާށެވެ. ނޮން ސްޓިކް ވައްތަރުގެ ތަވައެއް އޮތީއްޔާ ރަނގަޅީ އެ ބޭނުން ކުރުމެވެ.
    • ތެޔޮކޮޅު ޓިޝޫކޮޅެއް ބޭނުންކޮށްގެން ތަވާގައި ރަނގަޅަށް ހާކާލާށެވެ.
    • އެއްކުރި ސާމާނު ތަވަޔަށް އަޅާލާފައި ރީތިކޮށް ފަތުރާލާ އޮމާންކޮށްލާށެވެ. ބައި އިންޗިއެއްހާ ބޯމިން ހުންނާނެ ވަރަށް ފަތުރާލީމަ ރަނގަޅުވާނެއެވެ.
    • ގިނި ބަހައްޓާނީ މަޑުކޮށެވެ. އަދި ބޯކިބަލުގެ މަތީބައިގެ ތެތްކަން ފިލަންދެން  ފިހުމަށްފަހު ފުށުން ޖަހާށެވެ.
    • ފުށުންޖެހުމުން އަޑީގައި އޮތް ބަޔަށް ރަން މުށިކުލަ އަރަންދެން ފިހާށެވެ.
    ]]>
    Wed, 27 Mar 2024 18:12:55 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ކަނޑުމަހު މުސަންމާ https://heerasnews.com/2356 https://heerasnews.com/2356 ހީރަސް ސުފުރާ ފަޅުފިލުވާލުމަށް މިފަހަރު ތައްޔާރު ކުރާނީ ކަނޑުމަހު މުސައްމާއެވެ. ކަނޑުމަހު މުސައްމާ ތައްްޔާރު ކުރުމަކީވެސް މާބޮޑު ކަމެއް ނޫނެވެ. ލައިގެން ކެމުމަށް ފިސާރި ފައްކާ އެއްޗެކެވެ.

    ބޭނުންވާ ތަކެތި:

    • 300 ގްރާމް ކަނޑުމަސް
    • 10 ހިކި މިރުސް
    • 2 ބޮޑު ފިޔާ
    • 10 ހިކަނދިފަތް
    • 4 މޭޒުމަތީ ސަމުސާ ކޮތަނބިރި (ނުމުގުރާ)
    • ½ 2 މޭޒުމަތީ ސަމުސާ ދަވިއްގަނދު (ނުމުގުރާ)
    • ½ 1 މޭޒުމަތީ ސަމުސާ ދިރި (ނުމުގުރާ)
    • 1 ސައިސަމުސާ އަސޭމިރުސް (ނުމުގުރާ)
    • 4 ކާފޫރުތޮޅި
    • 6 އިންޗީގެ ފޮނިތޮށި (ދެބުރި ކޮށްލާފައި)
    • 2 ލޮނުމެދު
    • ¼ އިންޗީގެ އިނގުރުކޮޅެއް
    • ¼ ސައިސަމުސާ ރީނދޫ
    • 1/3 ޖޯޑު ކަނަމަދު
    • 1/3 ޖޯޑު ހިކި މޭބިސްކަދުރު
    • 12 އިންޗީގެ ރާނބާފަތް (މަސްކޮޅު ބަނުމަށް)
    • 6 އިންޗީގެ ރާނބާފަތް (ރިހަ ކެއްކުމަށް)
    • ½ ޖޯޑު ކާށި ކިރު
    • 9 މޭޒުމަތީ ސަމުސާ ފެން (ހަވާދު ހެދުމަށް)
    • 2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)
    • 5 މޭޒުމަތީ ސަމުސާ ތެޔޮ
    • 1 ސައިސަމުސާ ލޮނު (ރަހަލާވަރަށް)

    ތައްޔާރުކުރާނެ ގޮތް:

    • ތަވައެއް އުދައި އެ ރަނގަޅަށް ހޫނުކުރާށެވެ. ހޫނުވުމުން އޭގެތެރެއަށް ކޮތަނބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް، އަސޭމިރުސް، ކާފޫރުތޮޅީގެ އޮށް، ފޮނިތޮށި، ލޮނުމެދު އަދި އިނގުރުކޮޅު އަޅާލާށެވެ. ދެން، ކޮތަނބިރިކޮޅަށް ރަންމުށިކުލަ އަރަންދެން ހަނާކުރާށެވެ.
    • ހަނާވުމުން ތަވައިން އެތަކެތި ނަގާ އެއްޗަކަށް އަޅާފައި ހިހޫކުރަން ބަހައްޓާށެވެ. ދެން ހިހޫ ވިމާ ރީނދުލާއި، ½ ސައިސަމުސާ ލޮނާއި، 9 މޭޒުމަތީ ސަމުސާ ފެނާއިއެކު މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑަކަށް ވަންދެނެވެ.
    • ފިޔާ ތުނިކޮށް ކޮށާލާށެވެ.
    • 3 މޭޒުމަތީ ސަމުސާ ތެޔޮ ތަވައަކަށް އަޅައި ހޫނުކުރާށެވެ. ހޫނުވުމުން، ކޮށި ފިޔާކޮޅުގެ ދެބައިކުޅަ އެއްބައި ތެޔޮކޮޅުގެ ތެރެއަށް އަޅާފައި ރަންމުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.
    • ކަނަމަދާއި ހިކި މޭބިސްކަދުރުކޮޅު ތެއްޔަށް އަޅާލާށެވެ. މޭބިސްކަދުރުތައް ފުފި ފިޔާކޮޅު ރަތް ވަންދެން ކައްކާށެވެ. ކެކުނީމައި ބޯތަށްޓަކަށް ނަގާށެވެ. އަދި މިގޮތަށް ނެގުމަށްފަހު މާތެޔޮކޮށް ހުރިހެން ހީވަންޏާ ޓިޝޫކޮޅެއް ބޭނުންކޮށްގެން ތެޔޮކަން ކުޑަކޮށްލެވިވެސް ދާނެއެވެ.
    • ފިޔާތައް އެޅި ބޯތަށީގެ ތެރެއަށް ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު އަޅައި އެއްކޮށްލާފައި ބަހައްޓާށެވެ.
    • ކަނޑުމަސްކޮޅު ފޮތިކޮށްލުން:-
    1. ފުޅާމިނުގައި 2 އިންޗި، ދިގުމިނުގައި 4 އިންޗި ހުންނާނެ ތުނި ފޮތިތަކަކަށް ކަނޑުމަސްކޮޅު ކޮށާލާށެވެ. ބޯމިން ބަހައްޓާނީ އެތެރެއަށް ހަވާދުގަނޑު އަޅާފައި އޮޅާލަން ފަސޭހަވާނެ ވަރަށެވެ. (ކަނޑުމަސްކޮޅު 2 އިންޗީގެ ގޮޅިގޮޅިއަށް ކޮށުމަށްފަހު އޭގެ ތެރެއިން ތޫނު ވަޅިއެއް ވަށާ ހިންގާލައިގެން މަސްކޮޅު ފަތާވެސް ކޮށްލެވިދާނެއެވެ.)
    2. 12 އިންޗީގެ ރާނބާފަތްކޮޅު ހިމަ ދިގު އެތިކޮޅުކޮޅަށް ކޮށާލާށެވެ. މި ރެސިޕީއަށް 12 އިންޗީގެ ދިގުމިން ހުރި 6-8 އެތިކޮޅު ބޭނުންވާނެއެވެ.
    3. ކަނޑުމަސް ފޮއްޗެއް ތަށްޓެއްގައި ބާއްވާ ފަތާކޮށްލާށެވެ. ދެން ފޮތީގެ މެދަށް ކުރިން ކަނަމަދާއި ފިޔައާއި ހަވާދާއި އެއްކޮށްގެން ތައްޔާރުކުރި އެތީގެ ސައިސަމުސަލެއްހާ އެތިކޮޅެއް އަޅާފައި ސަމުސަލުން ކުޑަކޮށް މަސްކޮޅު މަތީގައި އެ ފަތުރާލާށެވެ. ދެން އޮޅާލާފައި ރާނބާފަތް ކޮޅަކުން ބަނދެލާށެވެ. ހުޅުވިދާނެ ހެން ހީވަންޏާ ދަތްކޮށްޓިއެއްވެސް ހަރާލެވިދާނެއެވެ. ހުރިހާ މަސްފޮތި ތަކެއް ހުސްވަންދެން މިހެން ހަދާށެވެ. ހަވާދުކޮޅެއް ބާކީވާނެއެވެ. އެ ދެން ބޭނުން ކުރާނީ ރިހަ ކައްކާއިރުއެވެ.
    • 10. ރިހަ ކެއްކުމުގެ ބައި:-
    1. ފުރަތަމަ 2 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އަޅައި ހޫނު ކުރާށެވެ. ތެޔޮކޮޅު ހޫނުވުމުން ކޮށި ފިޔާކޮޅުގެ ބާކީހުރި ބަޔާއި، 6 އިންޗީގެ ރާނބާ ފަތާއި، ހިކަނދިފަތް ތެއްޔަށް އަޅައި ފިޔާކޮޅު މަޑުވެ ރަންކުލަ އަރަން ފަށަންދެން ކައްކާށެވެ.
    2. މަސް ފޮތިތަކަށް ހަވާދު އަޅައި ނިމުންއިރު ބާކިވެފައި ހުރި ހަވާދު ކޮޅު ތެއްޔަށް އަޅާލާށެވެ. އަދި އެއާއި އެކު ކާށިކިރުކޮޅާއި، 2/3 ޖޯޑު ފެނާއި، ½ ސައިސަމުސަލުގެ ލޮނު ކޮޅެއްވެސް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބޮކިޖަހާ ކެކިގަންނަންދެން ކައްކާލާށެވެ.
    3. ބޮކިޖަހާ ކެކެން ފެށުމުން ގިނި މަޑުކޮށްލާށެވެ. ދެން ރާނބާފަތުން ބަނދެ ތައްޔާރުކުރި މަސްކޮޅުތައް ތެލިތެރޭގައި ރީއްޗަށް އަތުރާލާށެވެ. ދެން ތެލީގެ މަތިޖަހާފައި މަސްކޮޅު ރޯފިލަންދެން ކައްކާށެވެ. ގާތްގަނޑަކަށް 20 ވަރަކަށް މިނެޓް ވާނެއެވެ. ކެކެމުން ދާއިރު އެއްގޮތަކަށްވެސް ދޭފަތުން ނުހަލާށެވެ. ހަލާލަން ބޭނުން ވެއްޖިއްޔާ ތެލި އުފުލާލާފައި ކުޑަކޮށް ތަޅުވާލާށެވެ. އަދި ކޮންމެހެން ހަދާފައިވެސް މަސްކޮޅެއް ފުށުން ޖަހަން ބޭނުންވެއްޖެއްޔާ އެކަން ކުރާނީ ދެ ސައިސަމުސާ ބޭނުން ކޮށްގެން ވަރަށް މަޑު މަޑުންނެވެ. އަދި އެކަންކުރަންވާނީ ކެއްކުމުގެ ވީހާވެސް ފަހުކޮޅުގައެވެ.
    ]]>
    Tue, 26 Mar 2024 20:22:23 +0500 ނިއުސް ޑެސްކް
    މުންކަރާތުން ލިބޭ ނަފާ އިބްރާހީމް ޖަނާބަށް! https://heerasnews.com/2355 https://heerasnews.com/2355 ހަރާން ކަމެއް ކޮށްގެން ހޯދާ އެއްޗަކީ ހަރާން އެއްޗެއްކަމަށް ދީނީ މީހުން ބުނާތީ އަހަމެވެ. ލަވަޔާއި މިޔުޒިކަކީ ހަރާން އެއްޗެއް ކަމަށް ސަލަފު ޝޭހުން ބުނާ އަޑުއަހަމެވެ. ސަލަފު އަނގަވާރު އަލީ ރަމީޒަކީ ލަވަޔާ މިޔުޒިކްގެ ވިޔަފާރިން އެންމެ ބޮޑު ނަފާހޯދި މީހާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަލީ ރަމީޒު މަޝްހޫރު ކަމާއި ފައިސާ ލަވަކިޔައިގެން ހޯދިއެވެ.

    އަލީ ރަމީޒު ލަވަކިޔުން ހުއްޓާލާ ގެންގުޅުނުހާ އަގުބޮޑު މިޔުޒިކް ކުޅޭސާމާނުގައި ހުޅުޖަހާ އަންދާލީ މިއުޒިކް ހަރާންކަން އެނގިގެންނެވެ. އަލީ ރަމީޒަށް މަގުދެއްކީ ސަލަފު ޝޭހުންނެވެ. ސަލަފީންގެ އިސް ލީޑަރަކީ ބާބުލް އަވާލީ އަބްދުއްލާ މުހައްމަދެވެ. 

    އަބްދުއްލާ މުހައްމަދަކީ ސަލަފީންގެ ބޮޑު ޝޭހު ބާބުލްއަވާލީ މުހައްމަދު އިބްރާހީމް (ޖަނާބު ޝޭހު)ގެ ދަރިއެކެވެ. މައްޗަށްގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރުކަމަށް ޕީއެންސީން ވާދަކުރާ އިބްރާހީމް މުހައްމަދު (އިބްރާހިމް ޖަނާބު) އާއި މެޑަމް ސާޖިދާ ޖަނާބު އަކީވެސް ޖަނާބު ޝޭހުގެ ދަރިންނެވެ. މި އެންމެންނަކީ ވެސް މާ ދީންވެރި ބަޔަކަށް ވެގެން އުޅޭ ބައެކެވެ. 

    މެޑަމް ސާޖިދާގެ ދީންވެރިކަން ބޮޑުކަމުން ފިރިހެނުންނާ ސަލާން ނުކުރެވިގެން އުޅުނު އިރެއް ދިޔައެވެ. އާހިރުގައި ބުޅާ ގޯނިން ބޭރުވީއިރު ސާޖިދާ މިވީ ހިލޭ ފިރިހެނުންނާ ބީހޭ ކަރޯކޭ ކުއީނަށެވެ. ދައްކަން މިއުޅެނީ ސާޖިދާގެ ވާހަކައެއް ނޫނެވެ.

    ދައްކަން މިއުޅެނީ ދީންވެރިކަމުން އޮބިނޯވެގެން އެހެން މީހުން ކާފަރު ކުރަމުން ދީނަށްޓަކާ މަޖިލިސް މެންބަރުކަން ކުރަން އުޅޭ އިބްރާހީމް ޖަނާބުގެ ވާހަކައެވެ. ކަމެއް ހާސިލުކުރަން ވީމާ ދީނަކަށް ގައުމަކަށް އިބްރާހީމްމެން ނުބަލާ ވާހަކައެވެ. ކިތަންމެ ބޮޑު މަންފާއެއް ގެއްލިގެން ދިޔަސް ދީނުގެ ހައްގުގައި ހަގީގީ ދީންވެރިން ނުކުރާނެ ކަންކަން ހުރެއެވެ. މީހުން ލައްވާވެސް ނުކުރުވާނެ ކަންކަން ހުރެއެވެ. އެހެނެއް ކަމަކު އިބްރާހީމް ޖަނާބުގެ ކިބައިގައި އެ ސިފައެއްނެތެވެ. 

    އަންހެން ކުދިން ހިތާނު ކުރުން ލާޒިމުކުރާ ގާނޫނެއް މަޖިލީހުން ފާސްކުރުވަން ސަލަފަށް ބައިއަތު ހިފައިގެން ލޯންޖު ކުރީ މިޔުޒިކާއެކު ކިޔާ ކެންޕޭން ލަވައެކެވެ. އިބްރާހީމް ޖަނާބުގެ ކެންޕޭނަށްޓަކައި ލަވަޔާ މިޔުޒިކް އިބްރާހީމް ޖަނާބަށާއި ސަލަފަށް ހަލާލުވީތާއެވެ. ސަލަފާއި އަލީ ރަމީޒު ތިބީ ހަނެވެ. އެނގޭ ކަމަށްވެސް ނުހަދައެވެ. 

    ލަވައާއި މިޔުޒިކަކީ ހަރާން އެއްޗެއްކަމަށް ތަކުރާރުކޮށް އެތައް ތަނެއްގައި އެތައް ފަހަރަކު މި އިބުރާހީމް ޖަނާބު ބުނެފާ އެބަހުއްޓެވެ. ލަވައާއި މިޔުޒިކުން ނަފާ ހޯދުމަކީވެސް ހުއްދަނޫން ކަމެއްކަމަށް މި އިބްރާހީމާއި ސަލަފުން ބުނެއެވެ.

    އިބްރާހީމް ޖަނާބު ގޮވައިގެން ބޮޑު ޅިޔަނު ސަޖިދަ ވިއްކާ ރައީސާއި ސާޖިދާ ޖަނާބު ދޮރުން ދޮރަށް ހިނގަމުން ދިޔައީ އަޑުހަރުކޮށް މިއުޒިކާއެކު ޖަހަމުން ދިޔަ ކެންޕޭނު ލަވައަށް ވަޒަން ހަމަކޮށް ކޮރުލަމުންނެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި ޖަގަހައިގާ ދެޖިންސް ގުޅަކަރުވައިގެން އިބްރާހީމް ޖަނާބުގެ ކަމަކީ މިޔުޒިކާލަވައިން މަޖާ ނެގުމެވެ.

    މިހާރަކު ވެސް އިބްރާހީމް ޖަނާބަށް ހުއްދަ ކަމަކަށް ލަވައާއި މިޔުޒިކް ނުވެޔޯލައެވެ. އިބްރާހީމް ޖަނާބު ކުރިކަން ހަލާލުކުރަން ބުނަނީ "އަޅުގަނޑަށް ތާއިދުކުރާ މީހުން ވެސް އެބަ ހަދާ ޅެމާއި ބަންޖާ، އެކަން ކަމަށް އަޅުގަނޑަށް ނެތް ހުއްޓުވޭކަށެއް. އެކަމަކު އަޅުގަނޑު އަމިއްލަ އަށް އެ ކަހަލަ ކަމެއް ނުކުރަން. ތާއިދުކުރާ މީހުންނާއި ޕާޓީން އެކަން ކުރުމަކީ މުޅީން އެހެން ކަމެއް،" ކަމަށެވެ.

    ކިހާތާހިރު ހެއްޔެވެ. މުންކަރާތް އެކަނޑާލަނީ އެހެން ބައެއްގެ ބޮލަށެވެ. މުންކަރާތުން ލިބޭ ނަފާ އިބްރާހީމް ޖަނާބަށެވެ. 

    ]]>
    Tue, 26 Mar 2024 17:50:45 +0500 ނިއުސް ޑެސްކް
    މިސްކިތްތަކުގެ އަޑުކަނޑުވާލި ލާދީނީ ސަރުކާރު https://heerasnews.com/2354 https://heerasnews.com/2354 ދީނުގެ ކަންފުޅެއް ހިތުގައި ނެތި ދީނީކަން ބޭރުފުށަށް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލިޔަސް އެކަން ހެއްދެވި ފަރާތަށް އޮޅުވާނުލެވޭނެކަން ހިތަށް ނާރާކަމެވެ.

    ޕީޕީއެމް ކިޔަސް ޕީއެންސީ ކިޔަސް ބިރެއް ޖެހިލުމެއް ނެތި އަބަދުވެސް ބޭރު ފުށުން ދީންވެރިކަމާ ގައުމުދެކެ ލޯބިވާކަން ދައްކައިގެން ރައްޔިތުން ވާވެއްދުމަކީ އެމީހުން އެކަން ކުރާ ގޮތެވެ. 

    އެމްޑީޕީ އަކީ އަބަދުވެސް އެކަމަށް ޖެހިލުންވާތީ ދީނުން ކަންދައްކައިގެން ހެއްދެވި ފަރާތަށް އޮޅުވާލެވޭނެ ކަމަށް ގަބޫލު ނުކުރާ ޕާޓީ އެކެވެ. އެގޮތަށް ދެފުށް ދެގޮތްވުމަކީ އެންމެ ލާދީނީ މުނާފިގުންގެ ގޮތްކަން އެމްޑީޕީން އަބަދުވެސް ގަބޫލު ކުރެއެވެ.

    ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުން ދީނާ ގައުމޭ ކިޔާ ކަރުފެލުނީ ވެރިކަން ހޯދުމުގެ ބޭނުމުގައިކަން މިރޯދަ މަހު މިސްކިތްތަކުގެ އަޑު ކަނޑުވާލި ގޮތުން ވެސް ވިސްނާ ބަޔަކަށް އެނގޭނެއެވެ. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ކުރި ކަމެއްނަމަ ދީނީ އިލްމުވެރިންނޭ ކިޔައިގެން މި ރާއްޖެ ފިތުނަކުރާ ބަޔަކާ ހުރެ ފިސާރި ބޮޑު ދުއްޕާނަކަށްވީހެވެ.

    އެއިން މީހެއްގެ އަޑެއް ބަޑެއް ހިލަމެއް މިހާރަކު ނެތެވެ. ވާނީ ވެސް އެހެންނެވެ. ބޭނުންވާ އިއްޒަތާ މަގާމާ ބޮޑު މުސާރައާ ނާޖާއިޒު ފައިދާ ލިބޭ އަމިއްލަ ސަރުކާރު އޮތީ ވެރިކަމުގައެވެ.

    ދޮގާ މަކަރާ އޮޅުވާލުން ހައްދުފަހަނަ އެޅިޔަސް މިހާރު އޯކޭ އެވެ. މާލޭ މިސްކިތްތަކުގެ މުންނާރުތަކާ ލޯޑް ސްޕީކަރުތައް މުއިއްޒާ އަދުރޭ ހަފާ ކެޔަސް މިހާރު އެވާނީ އިސްލާމް ދީން ދެކެ ލޯބިން އެބޭފުޅުން އެތަކެތި ފަރީއްކުޅުއްވަނީ ކަމަށެވެ.

    ]]>
    Tue, 26 Mar 2024 13:52:34 +0500 ނިއުސް ޑެސްކް
    ކޫކު މޫނުގައި ރައީސް އަޅާލީ ތަފާލެއް! https://heerasnews.com/2353 https://heerasnews.com/2353 މައްޗަށްގޮޅި މެދު ދައިރާއަށް ޕީއެންސީގެ ޓިކެޓް ލިބުނީ މުހައްމަދު އަބްދުލްގާދިރު (ކޫކު) އަށެވެ. އެހެން ނަމަވެސް 174 ވޯޓު ލިބުނު ކޫކާ ވާދަކޮށްގެން ޕްރައިމަރީގައި ބަލިވި ކައުންސިލަރ ޒަމީރަށް ރައީސް މުއިއްޒު ތާއީދު ކުރިކުރުމަކީ ސިޔާސީ ގޮތުން މުއިއްޒު އެޅި ޅައެއްޗެކެވެ. ޕްރައިމަރީގައި 127 ވޯޓް ލިބުނު އަހުމަދު ޒަމީރަކީ، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރެވެ.   

    ރައީސް މުއިއްޒު މާލޭގެ މޭޔަރުގެ މަގާމު އަދާކުރެއްވި ދުވަސްވަރު ސިޓީ ކައުންސިލުގައި މަސައްކަތް ކުރުމުން މުއިއްޒާ ޒަމީރުގެ އޮތް ގާތްކަމަކީ ސަރުކާރަށާއި ޕީއެންސީއަށް އޮތް ކިތަންމެ ބޮޑު ގެއްލުމަކަށް ވިޔަސް ފަރުވާލެއް ނެތީތާއެވެ. އެމްޑީޕީގެ ޓިކެޓްގައި ސިޓީ ކައުންސިލަށް އިންތިހާބު ވެގެން ޕާޓީ ބަދަލުކޮށްގެން އުޅޭ ޒަމީރާއި މުއިއްޒަކީ ދުލި ބަދަލު ކުރުމުގައި އެއްގަލުން ފެހިކާ ދެލަނޑައެވެ.

    އިންތިހާބު ވުމަށްފަހު މަގާމަށް އިންތިހާބު ކޮށްދޭ އާއްމުން މެންބަރުންގެ އިހުސާސަށް ނުބެލުމުގައި މުއިއްޒާއި ޒަމީރަކީ ލާމަސީލު ބައެކެވެ. އެންމެ މަޖާކަމަކީ މުއިއްޒު ސޮއިކޮށް ކުކޫއަށް ޕާޓީގެ ޓިކެޓް ދީފައި ނިކުމެ "ޕްރައިމަރީން ބަލިވި ބަލި ބުޅާގަނޑެއް" ގެ އަތުގައި މުއިއްޒު ހިފުމެވެ. މަޖިލީހުގެ މެޖޯރިޓީ ހޯދަން އުޅޭ ރައީސަކު މިފާޑަށް އުޅޭތީ ފެންނަ މިއީ ފުރަތަމަ ފަހަރެވެ. ޕާޓީ ޓިކެޓް ދޭ މީހާއާއި ރައީސް ތާއީދުކޮށް މަސައްކަތްކުރާ މީހާ ތަފާތުވުމަށް ވުރެ ބޮޑު އަރަތެއް ނެތެވެ. 

    ދާއިރާގައި ކޫކުއަށް އޮތް ބޮޑު ތާއީދަށް އިހުތިރާމް ނުކޮށް ޒަމީރަށް މުއިއްޒު ތާއީދު ކުރުމަކީ އެމްޑީޕީއަށް ދާއިރާގެ ގޮނޑި ހަދިޔާ ކުރުމެވެ. ރައީސް މުއިއްޒުގެ ނަގާބިލުކަމާއި މީހުންގެ ދަށުވެފައި ހުރިވަރުން ސިޔާސީ ގޮތުން މުއިއްޒަށް ކޮޅުކެހި ލިބުންނޫން ކަމެއްނުވެއެވެ. 

    ޕާޓީ ޓިކެޓާ ދެކޮޅަށް މީހުން ނެރެގެން މުއިއްޒު އުޅެނީ އެއް ދިމާލެއް ދެ ދިމާލަކަށް ނޫނެވެ. ޕީއެންސީގެ ކެންޑިޑޭޓަކު ހުރި ނަމަވެސް އެހެން ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ސަރުކާރުގެ އިސް ވެރިން ބައިވެރިވަމުން އެބަދެއެވެ. އެމީހުން ބުނާ ގޮތުން، ރައީސް މުއިއްޒުގެ ތާއީދު އޮތް ކެންޑިޑޭޓުންނަކީ އެއީއެވެ. ޒަމީރު ގޮތަށް ޕްރައިމަރީން ބަލިވި އެތައް ކެންޑިޑޭޓުންނަށް މުއިއްޒު ތާއީދު އެބަކުރެއެވެ. ހޮވަން ކެންޕޭނު އެބަ ކޮށްދެއެވެ.

    ހުރާ ދާއިރާއިން ޕްރައިމަރީގާ ބަލިވި އަނާރާ ނައީމާއި ވިލިނގިލި ދާއިރާގެ ޕްރައިމަރީން ބަލިވި އާޒިމް އަބްދުލްއަޒީޒާއި ކުޅުދުއްފުށި ދެކުނު ދާއިރާއިން ބަލިވި އައިމަން މުހައްމަދަކީ ސަރުކާރު ކެންޑީޑޭޓް ކަމަށް ބުނެ ދަނީ މުއިއްޒު ކެންޕޭން ކޮށްދެމުންނެވެ. 

    ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުއްލާ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒު އަމިއްލަ ގޮތުން ވާދަކުރާއިރު އޭނާއަށް ކެމްޕެއިނުކޮށްދެނީ ސަރުކާރުގެ އިސް ވެރިންނެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވީވެސް ކެންޑިޑޭޓެއް ނޫނެވެ. އެމްޑީޕީގައި ތިއްބާ މުއިއްޒު ގަނެގެން ގެންދިޔަ ދެ މެންބަރަކު ވެސް މުއިއްޒުގެ ކެންޑިޑޭޓުންގެ ގޮތުގައި ސަރުކާރުން ކެމްޕެއިން ކޮށްދެމުން އެބަދެއެވެ. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީއެވެ. އެ ދެ ދާއިރާގައި މުއިއްޒުގެ ކެންޑިޑޭޓުންގެ ގޮތުގައި އެމީހުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން ނެރެފައި ތިއްބައެވެ.

    ]]>
    Mon, 25 Mar 2024 20:56:24 +0500 ނިއުސް ޑެސްކް
    މުއިއްޒު އުޅެނީ ގާނޫނުން ބަދެގެން ގޮށްމުށުން ވެރިކަންކުރަން https://heerasnews.com/2352 https://heerasnews.com/2352

    ފޮރުވާނެ އެއްޗެއް ނުއޮންނާނެ ކަމަށް ބުނެ ވެރިކަމަށް އެރި މުއިއްޒު އަނެއްކާވެސް އުނބަށް ޖެހީއެވެ. ވެރިކަމަށް އަންނަ ވެގެން އުޅުނު އިރު ކަރުން ނާރުނަގާ ގޮވަމުން ދިޔައީ ހާމަކުރަން ޖެހޭ ވާހަކައެވެ. ސަރުކާރު ކީއްކުރަން ހެއްޔެވެ. ރައީސް މީހާގެ ވަތުއޮޑީގެ ތޭރިއަށް ދާންދެން އޮންނަން ޖެހޭ ކަމަށްވީ ހާމަޔަށެވެ. 

    އިބޫ ރައީސް ކަމުގައި ހުރިއިރު ހާމަ ކުރަން ނުޖެހޭ އެކައްޗެއްވެސް އޮތް ކަމަކަށް ނުވެއެވެ. ސަލާމަތީ ގޮތުން އެހެން ގައުމަކާއެކު ވެވޭ އެއްބަސްވުން ވެސް ހުންނަން ޖެހެނީ ދިމްޔާތު ފާރުގައި ހިއްޕާފައެވެ. ބަޑި ގުދަނުގައި ހުރިހާ ހަތިޔާރަކާ ވަޒަނަކާއި ހުންނަން ޖެހެނީ ޖުމްހޫރީ މައިދާނުގައި އަވީލާފައެވެ.

    ރައީސް އޮފީހާއި ސަރުކާރުގެ މިނިސްޓްރީ ތަކުން ލިޔާހާ ލިޔުމަކާއި މުއައްޒަފުންގެ ވަތުބަތާނައަށް ދާންދެން އޮންނަން ޖެހޭނީ ނޫސްތަކަށް ނަކަލުކޮށްފައެވެ. ގައުމީ ސަލާމަތާއި ސިއްރަކީ އޭރަކު އޮތް އެއްޗަކަށް ވެގެނެއްނުވެއެވެ.

    ރައީސް ސޯލިހު އެހެން ގައުމުތަކުގެ ވެރިޔަކަށް ސިޓީއެއް ފޮނުވިޔަސް ފޮނުވަން ޖެހެނީ މުއިއްޒަށް ދައްކާ އައުވާނުން ފާސް ކުރީމައެވެ. ދިޔަރެހުން ބޭނުންވެއްޖެ ކޮންމެ އެއްޗެއް ހާމަކޮށް ދައްކަން ޖެހެއެވެ. މާލިއްޔަތުގައި ހުންނަ ފައިސާއާއި މުދަލަކީ ވަކި ބަޔަކު ބޭނުންވީމާ ގޮސް ގުނާލެވޭ ގޮތަށް ހުޅުވާލެވިފައި ހަޒާނާ ހުންނަން ޖެހެއެވެ. ސަރުކާރާއި ދައުލަތް ބަރަހަނާކޮށް ގައުމުގެ އަދާވާތްތެރިންނަށް ދައުލަތުގެ ސިއްރުތައް އެނގުން އެއްޔަކީ އޭރަކު މައްސަލައަކަށް އެ މީހުންނަކަށް ނުވެއެވެ. 

    މޮރިޝަސްގެ ވެރިޔާއަށް ރާއްޖޭގެ ރައީސް ސިޓީއެއް ފޮނުވައިގެން އެ ސިޓީއެއް ނުދައްކައިގެން ވެސް ހީވީ އުޑުބޮލަށް ވެއްޓިގެން އުޅުނު ހެންނެވެ. އަވަށްޓެރި އިންޑިއާ އާއި އެކު 100 އަށް ވުރެ ގިނަ އެއްބަސްވުން ހަދާފައި އެބައޮތޭ ބުނެ އެޔެއް ހާމަ ނުކޮށްގެން ހީވީ ބިންގަނޑު ފައިދަށުން ދެމިގެން ފާނެހެންނެވެ. 

    ޕީއެންސީގެ ވެރިކަމެއްގައި ފޮރުވާނެ އެއްޗެއް ނުއޮންނާނެ ކަމަށް ބުނުމުން ވެރިކަން ހޯދީ އެ ބަޔަކު ދައުލަތުގެ އޮރިޔާން ބަލާހިތުންނެވެ. އެކަމަކު މިހާރު ދައުލަތުގެ އޮރިޔާން ނިވާނުވެގެން އުޅެ ގަތީއެވެ. ފޮރުވާނެއް އެއްޗެއް ނުއޮންނާނެ ކަމަށް ކުރިންބުންޏަސް އެކަމެއް އެހެނެއް ނުވިއެވެ. ހާމަ ނުކޮށްގެން އުޅުނު 100 އެއްބަސް ވުމުން އެންމެ އެއްބަސްވުމެއް ހާމައެއް ނުކުރެވުނެވެ. ނުވިތާކަށް އެއްބަސްވުން ހާމަކުރަން ވެރިކަމަށް އައިމީހުން ވީހާ އެއްބަސްވުންތައް ކުރީ ސިއްރެވެ.

    ޗައިނާއާއި އެކު ވެވުނުހާ އެއްބަސްވުންތައް ލާފައިވަނީ ފައިތަޅާ އަޑިއަށެވެ. ޑްރޯން އެއްބަސްވުމާއި މުޅި މުއާމަލާތު ކުރީ ސިއްރެވެ. އިހަވަން ދިއްޕޮޅު ބަންކަރިން އެއްބަސްވުމާއި ތިނަދޫ އިންޓަނެޝަނަލް އެއަރޕޯޓް އެއްބަސްވުމާއި ރަސްމާލެ އެއްބަސްވުމާ ޖަހާލީ މުއިއްޒުގެ ކަބަޑަށެވެ. 

    ސަހަރޯއެވެ. މުއިއްޒަށް ވެރިކަމަށް އެރުނީމާ ގައުމީ ސަލާމަތާއި ދައުލަތުގެ ސިއްރަކީ އޮތް އެއްޗަކަށް ވެއްޖެއެވެ. ދިވެހިރާއްޖޭގެ ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވާލަން ޖެހިއްޖެއެވެ. ކްލެސިފިކޭޝަން ލެވެލް ތަކެއް ލައިގެން ދައުލަތުގެ އެކި ވަރުވަރުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ކަށަވަރު ކުރަން ޖެހިއްޖެއެވެ. 

    ބުނަން ހެއްޔެވެ. ދިފާއީ ވަޒީރު އެދިނީ ސަމާސާ މެސެޖެއް ނޫނެވެ. ގައްސާނު އެދިނީ ގާނޫނު ތަކުން ބަދެލައިގެން ގޮށްމުށުގެ ވެރިކަމެއް ކުރުމަށް މުއިއްޒު އަމާޒު ހިފައިގެން ހުރިކަމުގެ މެސެޖެވެ. ދައުލަތުގެ ސިއްރު ހިފެހެއްޓުމުގެ ނަމުގައި ރާވަމުން އެދަނީ މާސިންގާ ޖަރީމާއެކެވެ. ގައްސާނު މިއަދު އެދިން މެސެޖަކީ މަޖިލީހުން މުއިއްޒަށް ކިރިޔާވެސް ބާރެއް ލިބިއްޖެނަމަ ގާނޫނުގެ ތެރެއިން ގޮށްމުށުގެ ވެރިކަމެއް ކުރަން ތައްޔާރުވާ ކަމުގެ މަސެޖެވެ. 

    ]]>
    Mon, 25 Mar 2024 18:58:17 +0500 ނިއުސް ޑެސްކް
    މުއިއްޒަށް އެމްޑީޕީ ނައްތައެއް ނުލެވޭނެ! https://heerasnews.com/2351 https://heerasnews.com/2351 އެމްޑީޕީ ފިކުރު ނައްތާލަން ނިކުމެ ހަޅޭފަޅޭ މިޖަހަނީ ފިކުރެއް ހަމައެއް ލަމައެއް ހުރިބައެއް ނޫނެވެ. އެމްޑީޕީ ފިކުރަކީ ގަދަ 30 އަހަރުގެ ވެރިކަން މުލުން ލުހެލި ފިކުރެވެ. އެމްޑީޕީ ފިކުރަކީ ގޮށްމުށާ އަނިޔާވެރިކަމާ ދެކޮޅު ފިކުރެވެ. އެމްޑީޕީއަކީ ޑިމޮކްރަސީއާއި ސިޔާސީ އިސްލާހުގެ ފިކުރެވެ. އެމްޑީޕީ ފިކުރަކީ އެފިކުރެއްގެ ޖަނާޒާ ބާއްވަން އުޅުނު ގިނަބަޔަކު އިސްލާހުވެ އެފިކުރަކާ ގުޅުނު ފިކުރެވެ.    

    ފިކުރެއް ހަމައެއް ލަމައެއް ނެތް މިނިކާ ބާޒަކަށް ވައްވައް ޖެއްސޭނީ ފިޔޮއް ކުކުޅެއްގެ ކުރިމަތީގައެވެ. އެމްޑީޕީގެ ކުރިމައްޗަކު ވައްވަކެއް ނުޖެއްސޭނެއެވެ. ތުނބުލައިގެން ގެންގޮސް ވަކިގަނޑު ދަށުލާ ވީދައިގެން ކެވޭނީ ފަތްނުފަޅާ ޅަފިޔޮއް ގަނޑެކެވެ. މައިކުކުޅު ކޮއްޓަކަށްލާ ބަންދުކޮށްފައި ކައިރީގައި ތިބި ކުދިކުދި ފިޔޮއްތަކެއް ޖަހައިގަނެގެން ގެންގޮސްގެން ބަނޑުދަށުލައިގެން ގެންގުޅެވޭނީ މައި ފިއްލަވާލަން ދެނެވެ. 

    ޔާމީނު ވިދާޅުވީ ހަމަރަނގަޅަށެވެ. ކިތަންމެ ހުތޫރަތްތެރި ވިޔަސް މިނިކާ ބާޒަކަށް ހަނި ފުރުސަތެއް ވެސް ދޭކަށް ނުވާނެއެވެ. އެހެނެއް ކަމަކު ދަނޑިވަޅުބަލާ މިނިކާ ބާޒުހެދިގެން މުއިއްޒު އެހުރީ ދޮގުދޮލަގެއް ވިއްކައިގެން އެނގަކުރި ހިފައިގެންނެވެ. މަގުމަތީ ހޮވާކާން އުޅުނު ފިޔޮއްތަކުގެ ބަނޑު ފުރާދީގެން އެތިބީ ގުނބޯ ހައްދާފައެވެ. މުއިއްޒު ކިޔާހާ ލަވަޔަކަށް އެކަކަށް ވުރެ މޮޅަށް އަނެކަކު ކޮރުލުމުގައި ހަމައެއް ލަމައެއް ނެތެވެ. 

    ވާނީ އެހެންތާއެވެ. މުއިއްޒު މުގައްދަސް ކުރާ ކޮންމެ މީހަކަށް ދައުލަތުގެ ހަޒާނާ އޮތީ ތައްމިނަށް ހުޅުވާލާފައެވެ. އެއިން ކޮންމެ މީހެއްގެ އަނބިދަރިން ފެށިގެން ވަންހަ ދިލަކޮޅަށް ދައުލަތުން މުސާރަދެއެވެ. މަހު އެއްޗެތިކޮޅުދެއެވެ. ދެނަކާ ދެނެއް ނެތެވެ. ވީމޮޅުގައި އެއެއް މިއެއް ނުބަލައެވެ. ދޮގު ދޮލަނގު ބޮލަށްލައިގެން ރާރާ ގުޑިތަކެއްހެން އެއްވާނަކަށް ދޮގުވިއްކަން ނިކުމެ ހޯބޯ ލަވަނީއެވެ.

    މުއިއްޒުގެ އަޅުކުދިންކޮޅު ނަފްރަތުގެ ހުޅަށް ޕެޓްރޯލު އަޅަމުން މާރާމާރީއަށް ދެމުންދާ ހިތްވަރު ރާއްޖޭގެ އެތައް މިތަނުން ފެންނަން ފަށައިފިއެވެ. ވާދަވެރި ކެންޕޭނާއި ވާދަވެރި ސިޔާސީ ހަރަކާތަކީ މުއިއްޒު ދަންނަ ކަމެއްނޫނެވެ. ގަދަކަން ދެއްކުމާ މަވެތިކަން ނޫން ކަމެއް މުއިއްޒާ މުއިއްޒުގެ އައުވާނުންގެ ފުށުން ފެންނަމަކުން ނުދެއެވެ. ފާޅުގައި ނިކުމެ ވާދަވެރިންނާ ކުރިމަތިލާ ތަޅާފޮޅާ މާރާމާރީ ހިންގުން މިވަނީ އާއްމުވެފައެވެ. މުއިއްޒު އެމްޑީޕީ ފުހެލުމަށް ފާޅުކަން ބޮޑުކޮށް ހިންގާ ނޭއްގާނި ކަންކަމާއި ފަތުރާ ނަފްރަތުގެ ބަސްތަކުން މުޅި ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިއެވެ.   

    އެހެން ނަމަވެސް އެމްޑީޕީ ފިކުރު ނައްތާލަން މުއިއްޒު ކުރާ ކޮންމެ ކަމަކުން އެމްޑީޕީ އިތުރަށް ވަނީ ވަރުގަދައެވެ. އިތުރު ވަނީ ޖޯޝެވެ. ދުރަށްޖެހި އެކަހެރި ވެލައިގެން ތިބިހާ މީހުން އެއް ރޫހެއްގައި ނިކުމެ ދަނީ އަތުގުޅަމުންނެވެ. އެމްޑީޕީގެ ދިފާއުގައި ހިތާ ރޫހުން ގުޅި ލާމެހެމުންނެވެ. ބައިލައްކައަށް ވުރެ ގިނަ ދިވެހިން ހިމެނޭ ބޮޑު ބިޔަ ޕާޓީއެއް ނައްތާލަން ގައިވީދިޔަސް އެމްޑީޕީއަށް ކަހަރުވަކެކޭވެސް ހީނުވާނެއެވެ. 

    ކުރިއަށް އޮތް އާންމު އިންތިހާބުގައި މުއިއްޒަށް މަޖިލިސް ގެއްލޭތަން ފެނި އަތްފައި ބަޅާބޫޅި ކުރިޔަސް ހަމަ ދާނީ ޗޮކުންނެވެ. ޕީޕީއެމްގެ ދެނައިބުން ހައިޖެކްވެފާ ތިއްބަސް ޕީޕީއެމް އާންމު ގިނަ މެންބަރުން ތިބީ ފިސާރި މިނިވަން ކޮށެވެ. އެ މީހުންގެ ހަގީގީ ލީޑަރ ޔާމީނަށް ނިކަން ވަފާތެރިކޮށެވެ. މުއިއްޒުގެ އުނގަށް ވެއްޓިގަތް ގައްދާރުންނަށް ޔާމީނުގެ ހިތް ހެވެއް ނުވާނެއެވެ. އެމީހުން ވެފައި އެތިބީ ފުޅަނތްގަށެވެ. ހަމަތެދެކެވެ. ސިޔާސީ ގޮތުން މުއިއްޒު ސައިޒު ކުރާނީ ޔާމީނެވެ. އެމްޑީޕީ ހިމޭނުން ބަލަން އޮތަސް މުއިއްޒަށް މަޖިލިސް ލިބޭތަނެއް ނުފެނެއެވެ. މުއިއްޒަށް ދައުރު ނިންމޭ ތަނެއް ވެސް ނުފެނެއެވެ.  

    ]]>
    Sun, 24 Mar 2024 19:57:40 +0500 ނިއުސް ޑެސްކް
    ކޮންމެ ކޮންމެ ދުވަހަކު ރޯދަ ހިފޭނެތަ! https://heerasnews.com/2350 https://heerasnews.com/2350 ރޯދައަކީ ވަރަށް މަތިވެރި އަޅުކަމަކެވެ. ފަރުޟު ރޯދައާއި ސުންނަތް ރޯދަ ޝަރުއު ކުރައްވާފައިވާ ފަދައިން ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ހާލަތްތަކެއްވެއެވެ.

    ނަހީ ކުރައްވާފައިވާ ދުވަސްތަޢް: 

    • އީދު ދުވަހު ރޯދަ ހިފުން:
    1. ފިތުރު އީދު ދުވަހާއި އަލްހާ އީދު ދުވަހުގައި ރޯދަ ހިފުމަ ނަބިއްޔާ ނަހީކުރައްވާފައިވާ ކަމެކެވެ. ރަސޫލާގެ ހަދީސްފުޅެއްގައި އަންގަވާފައިވަނީ "އަދި ދެ ދުވަހެއްގައި ރޯދަ ނުހިފާށެވެ. (އެއީ) ފިތުރު އީދު ދުވަހާއި އަލްހާ އީދު ދުވަހެވެ."
    2. އިމާމު ނަވަވީ ވިދާޅުވެފައިވަނީ " ހަމަކަށަވަރުން ހުރިހާ ހާލަތެއްގައިވެސް މި ދެ ދުވަހު (އެބަހީ: ފިތުރު އީދު ދުވަހާއި އަލްހާ އީދު ދުވަހު) ރޯދަ ހިފުން ހަރާމް ކަމަށް އިލްމުވެރިން އިޖުމާއު ވެފައިވާ ކަމަށެވެ. އެއީ ނަދުރު ރޯދާއާއި ސުންނަތް ރޯދައާއި ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް އެ ދެ ދުވަހު ހިފުން ހުއްދަވެގެން ނުވެމެވެ." 
    • އައްޔާމުއް ތަޝްރީގުގެ ތިން ދުވަހު ރޯދަ ހިފުން: އައްޔާމުއް ތަޝްރީގުގެ ތިން ދުވަހަކީ ހައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ.
    1. އައްޔާމުއް ތަޝްރީގުގެ ދުވަސްތަކުގައި ރޯދަ ހިފުމަށް ނަބިއްޔާ ހުއްދަ ނުދެއްވާކަން ސައްހަ ސަނަދުން ސާބިތުވެއެވެ.
    2. އައްޔާމުއް ތަޝްރީގުގެ ދުވަސްތަކަކީ ކެއުން ބުއިމުގެ ދުވަސްތަކެއް ކަމަށް ހަދީސް ކުރައްވާފައިވެއެވެ.
    •  ހަމައެކަނި ހުކުރު ދުވަސް ހާއްސަ ކޮށްގެން ރޯދަ ހިފުން:
    1. ރަސޫލާ ހަދީސް ކުރައްވާފައިވަނީ "ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާށެވެ. އޭގެ ކުރީ ދުވަހާ އެކު ނުވަތަ ޖެހިގެން އަންނަ ދުވަހާ އެކު ރޯދަ ހިފާ މީހަކު ފިޔަވައެވެ." އެބަހީ: ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ.
    2. ވަކި ހާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. އެއީ އެހެން ސަބަބެއް މެދުވެރިވެގެން ހުކުރު ދުވަހު ރޯދަ ހިފުމުން ހުކުރު ދުވަހުގައި ރޯދަ ހިފުން ހާއްސަ ކުރިކަމަށް ނުވާތީއެވެ.
    •  ހުކުރު ދުވަހު ރޯދަ ހިފުން ހުއްދަ ހާލަތްތައް:
    1. ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރުދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފުން
    2. ފަރުޟު ރޯދައަކަށްވުން:-
    • އަދާއަށް ނުވަތަ ޤަޟާއަށް ރަމަޟާންމަހުގެ ރޯދަ ހިފުން
    • ކައްފާރާގެ ރޯދަތައް ހިފުން
    • ތަމައްތުއު ހައްޖެއް ވީ މީހަކު ހަދްޔުގެ ބަދަލުގައި ހިފާ ރޯދަ ފަދަ ރޯދަ ހިފުން

    މިކަމުގައި މައްސަލައެއް ނެތެވެ. އެއީ މިގޮތަށް ރޯދަ ހިފާއިރު ހުކުރު ދުވަހު ރޯދަ ހިފުމުގައި ހާއްސަ ކަމެއްވާ ކަމަށް އިއުތިގާދު ނުކުރާނަމައެވެ. އަދި އޭނާގެ ތާވަލު ހުންނަ ގޮތުން އެ ދުވަހުގައި ރޯދައަށް ހުންނަން ފަސޭހަ ވާތީ ހަމައެކަނި ހުކުރުދުވަހު ރޯދައަށް ހުރެވިދާނެއެވެ. މިހާލަތުގައި ވެސް ބޮޑަށް ރަނގަޅީ އަދި ރައްކާތެރި ގޮތަކީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދައަށް ހުރުމެވެ.

    • ރޯދަހިފުން ޝަރުއު ކުރެވިފައިވާ ދުވަހެއް ހުކުރުދުވަހަކާ ދިމާވުމުން ހުކުރު ދުވަހު ރޯދަ ހިފުން

    އޭގެ މިސާލަކީ: ކޮންމެ ހަނދުމަހެއްގެ 13 14 15ގައި ހިފާ ރޯދަ އާއި އަރަފާތު ދުވަހުގެ ރޯދައާއި އާޝޫރާގެ ރޯދައާއި ޝައްވާލުމަހުގެ ހަ ރޯދަ އަދި ހައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފާއިރު ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ހުކުރު ދުވަހު ރޯދަހިފުން މައްސަލައެއް ނެތެވެ. އެހެނީ އެ ދުވަސްތަކުގައި އޭނާ ރޯދަ އެ ހިފަނީ އެއީ ހުކުރު ދުވަހަށް ވާތީއެއް ނޫނެއެވެ. އެހެނަސް އެއީ ރޯދަހިފުން ޝަރުއު ކުރައްވާފައިވާ ދުވަސްތަކަކަށް ވާތީއެވެ.

    • އާދަކޮށް ހިފާ ރޯދައަކާ ދިމާވުން

    މިސާލަކަށް ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުންނަ އޭނާ ރޯދައަށް ހުންނަ ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ފަހެ އެ ދުވަހުގައި ރޯދަހިފުން އެއީ މައްސަލައެއް ނޫނެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ ނަހީ ކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިސްނާ ކުރައްވާފައިވެއެވެ. 

    • ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތު:

    އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތް ރޯދަ ހިފުމަށް ހަމައެކަނި ހުކުރު ދުވަސް ހާއްސަ ކުރުން މަކުރޫހައެވެ.

    • ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން
    1. ނަބިއްޔާ އަންގަވާފައިވަނީ "ތިޔަބައިމީހުން ހޮނިހިރުދުވަހު ރޯދަނުހިފާށެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ރޯދަ ފިޔަވައެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް (އެދުވަހު ކާނާގެ ގޮތުގައި) މޭބިސްކަދުރުގެ ތޮށިކޮޅެއް ނުވަތަ ގަހަކުން ދަނޑިކޮޅެއް ފިޔަވާ އެހެން އެއްޗެއް ނުލިބިއްޖެނަމަ ފަހެ އެ ހަފާށެވެ." މުރާދަކީ އެހަފައިގެން ވިޔަސް އެދުވަހު ރޯދައަށް ނުހުންނާށެވެ.
    2. ހޮނިހިރު ދުވަހު ރޯދަހިފުން ނަހީވުމާއި ހުއްދަވުން އެކި ހާލަތްތަކުގައި ތަފާތެވެ. އެއީ ހުކުރު ދުވަހާމެދު އިސްވެ ބަޔާންވެ ދިޔަ ގޮތާ އެއް ގޮތަށެވެ.
    • ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދަ ހާލަތްތަކަކީ:
    1. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ނުވަތަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރޯދަ ހިފުން
    2. ފަރުޟު ރޯދައަކަށްވުން
    3. ރޯދަހިފުން ޝަރުއު ކުރައްވާފައިވާ ދުވަހެއް ހޮނިހިރު ދުވަހާ ދިމާވުމުން ހޮނިހިރު ދުވަހު ރޯދަ ހިފުން
    4. އާދަކޮށް ހިފާ ރޯދައަކާ ދިމާވުން
    • ހޮނިހިރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތު:

    އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތް ރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރު ދުވަސް ހާއްސަކުރުން

    • ޝަޢުބާން މަސް ދެބައިވުމުން ރޯދަ ހިފުން

    ރަސޫލާގެ ހަދީސްފުޅެއްގެ މާނާގައިވެއެވެ. "ޝައުބާން މަސް ދެބައިވުމުން ރޯދަ ނުހިފާށެވެ." ހަދީސުން މިވަނީ ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައެވެ. މި ނަހީއިން އިސްތިޘްނާވާ ހާލަތްތަކެއް ވެއެވެ.

    • ފުރަތަމަ ހާލަތް: އާދަކޮށް ރޯދަހިފަމުންދާ މީހާ

    ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އާދަކޮށް ރޯދަހިފާމީހަކަށް ޝަޢުބާން މަހުގެ ދެބައިން ފަހުބައިގަވެސް ރޯދަހިފިދާނެއެވެ. ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ ނަހީކުރެއްވި އިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިސްނާ ކުރައްވާފައިވެއެވެ.

    • ދެވަނަ ހާލަތް: ޝައުބާން މަސް ދެބައިވުމުގެ ކުރިން ރޯދަ ހިފަން ފެށި މީހާ

    އެފަދަ މީހަކަށްވެސް ޝައުބާންމަހުގެ ފަހުބައިގައި ރޯދަ ހިފުން ހުއްދަ ވެގެންވެއެވެ. ކީރިތި ނަބިއްޔާ ޝައުބާންމަހުގެ ގިނަ ދުވަސްތަކުގައި ރޯދައަށް ހުންނަވާކަން ސައްހަ ހަދީސްތަކުން ސާބިތުވެއެވެ.

    •  ތިންވަނަ ހާލަތް: ރަމަޟާންމަހުގެ ޤަޟާ ރޯދަތައް ހިފާ މީހާ

    ޝައުބާން މަސް ދެބައިވުމުންވެސް ޤަޟާ ރޯދަތައް ހިފޭނެއެވެ. އެހެނީ އެމީހަކު ރަމަޟާން މަސް ފެށުމުގެ ކުރިން އެރޯދަތައް ހިފަން ޖެހޭ އިރު ދެން އިތުރު ފުރުޞަތެއް އޭނާއަށް ނުވާތީއެވެ.

    އެހެންކަމުން ޝައުބާންމަސް ދެބައިވުމަށް ފަހުގައި އެމަހުގެ ކުރީ ކޮޅުގައި ސުންނަތް ރޯދަ ހިފަން ނުފަށާ މީހަކު އެމަސް ދެބައިވުމަށް ފަހު ސުންނަތް ރޯދަ ދެން ނުހިފާނީއެވެ. 

    • ޝައްކުގެ ދުވަހު ރޯދަ ހިފުން

    ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެދުވަހަށް އެނަމުން ނަން ދެވުނީ ވިލާ ބޯވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝައުބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތޯ ޝައުބާންމަހުގެ ތިރީސްވަނަ ދުވަސްތޯ ޝައްކު އުފެދޭތީއެވެ. ޝައްކުގެ ދުވަހު ރޯދަ ހިފައިފި މީހާ ހަމަކަށަވަރުން ނަބިއްޔާ އުރެދިއްޖެއެވެ.

    • ޝައްކުގެ ދުވަހު ރޯދަ ހިފުމުގައި ނުވަތަ ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަ ހިފުމުގެ ހާލަތްތަކެއް ވެއެވެ.
    1. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު އެދުވަސްތަކުގައި ރޯދަ ހިފުން
    2. ޤަޟާ ރޯދަ ހިފުން
    3. ރަމަޟާން މަހުގެ ރޯދައަށް ރައްކާތެރިވުމުގެ ގޮތުން ޝައްކުގެ ދުވަހު ރޯދަ ހިފުމަކީ ހުއްދަކަމެއް ނޫން
    • އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން

    އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަބިއްޔާ ވަނީ ނަހީކުރައްވާފައެވެ. ރަސޫލާ ހަދީސް ކުރައްވާފައި ވަނީ އަބަދު ރޯދަ ހިފާ މީހާއަށް ރޯދަ ނުވާ ކަމަށެވެ.

    • ވިޞާލުކޮށް ރޯދަ ހިފުން

    ވިޞާލުގެ ލަފްޒީ މާނައަކީ ގުޅުވާލުމެވެ. ރޯދަ ހިފުމުގައި ވިޞާލު ކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. ވިޞާލުކޮށް ރޯދަ ހިފުމުގައި ދެގޮތެއް ވެއެވެ. 

    1. އިރު އޮއްސުމުން ރޯދަ ވީއްލުމުގެ އިހުތިޔާރު އޮވެ ގަސްދުގައި ރޯދަ ނުވީއްލާ ފަސްކޮށްފައި ރޯދަ ވީއްލުން
    2. ރޯދަ ނުވީއްލާ ވިދިވިދިގެން ދެ ދުވަހު ނުވަތަ އެއަށް ވުރެ ގިނަދުވަހު ރޯދައަށް ހުރުން 

    ނަބިއްޔާ ވަނީ މިކަން ނަހީކުރައްވާފައެވެ. ބާރުއަޅުއްވާފައިވަނީ އިރުއޮއްސުމުން އަވަހަށް ރޯދަ ވީއްލުމަށެވެ. ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށް ވުރެ ގިނަދުވަސް ވަންދެން ރޯދަ ހިފުމަކީ ހަރާމްކަމެކެވެ. 

    • ހައިޟު އާއި ނިފާސްގެ ދުވަސްވަރުގައި ރޯދަ ހިފުން
    1. ހައިޟުގެ ދުވަސްވަރު ކަނބަލުން އަމަލުކު ރަންވީ ގޮތަކީ އެކަން ދިމާވުމުން ރޯދަ ދޫކޮށްލާފައި އެ ދުވަސްތައް ޤަޟާ ކުރުމެވެ. އެދުވަސްތަކުގައި ފާއިތުވި ނަމާދުތައް ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވައެވެ.
    2. ނިފާސްގެ އަހުލުވެރިންގެ ހުކުމަކީ ޙައިޟުވެރިންގެ ހުކުމެވެ. އެކަމަށް އިލްމުވެރިންވަނީ އިޖުމާއުވެފައެވެ.
    • ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން
    1. ގާތުގައި ފިރިމީހާ ހުއްޓާ، އޭނާގެ ހުއްދަ ނެތި ސުންނަތް ރޯދަ ހިފުން އަންހެނަކަށް ހުއްދަވެގެން ނުވެއެވެ.
    2. މިއީ ސުންނަތް ރޯދަތަކަށް ހާއްސަ ހުކުމެކެވެ. ފިރިމީހާ ރަށުގައި ނޫޅޭނަމަ އެފަދައިން ރޯދަ ހިފޭނެއެވެ.
    3. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ. ވަކިން ހާއްސަކޮށް އަނެއް ރަމަޟާން މަސް ގާތްވެފައި ވަނިކޮށް ރޯދަތައް ޤަޟާ ނުކުރެވިދާނެކަމުގެ ބިރު އޮއްވާ އެފަދައިން ހުއްދައަށް އެދެން ނުޖެހޭނެއެވެ. 

    ކުރުކޮށް:

    މިލިޔުމުގެ ބަޔާންވެގެން ދިޔަ ޙުކުމްތަމުގެ ހުލާސާއަކީ:

    1. އީދު ދުވަހު ރޯދަ ހިފުން

    ފިތުރު އީދު ދުވަހާއި އަޟްހާ އީދު ދުވަހުގައި ރޯދަ ހިފުމަކީ ނަބިއްޔާ ނަހީކުރައްވާފައިވާ ކަމެކެވެ. އެއީ ނަދުރު ރޯދައާއި ސުންނަތް ރޯދައާއި ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް މެއެވެ.

    1. އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ރޯދަ ހިފުން

    އައްޔާމުއް ތަޝްރީގުގެ ތިން ދުވަހަކީ ހައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ. އައްޔާމުއް ތަޝްރީގުގެ ދުވަސްތަކުގައި ރޯދަ ހިފުމަކަށް ނަބިއްޔާ ހުއްދަ ނުދެއްވައެވެ. ހައްޖުވެރިންގެ ތެރެއިން ކަތިލާނެ ހަދުޔެއް ނުލިބުނު މީހުންނަށް ފިޔަވައެވެ.

    1. ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން

    ވަކި ހާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތަކީ ބަޔާންވެ ދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހުކުރުދުވަސް ހާއްސަކުރުމެވެ.

    1. ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން

    ވަކި ހާލަތްތަކެއްގައި ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހޮނިހިރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތަކީ ބަޔާންވެ ދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރު ދުވަސް ހާއްސަކުރުމެވެ.

    1. ޝައުބާންމަސް ދެބައިވުމުން ރޯދަ ހިފުން

    ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީ ކުރައްވާފައިވެއެވެ. އެހެނަސް މި ނަހީއިން އިސްތިސްނާވާ ހާލަތްތަކެއް ވެއެވެ.

    1. ޝައްކުގެ ދުވަހު ރޯދަ ހިފުން

    ޝައްކުގެ ދުވަހަކީ ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހެވެ. ރައްކާތެރިކަމުގެ ގޮތުންކަމަށް ބުނެ ހަނދު ނުފެނުމުންވެސް ޝަޢުބާން ތިރީސްވަނަ ދުވަހު ރޯދައަށް ތިބުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އާދަވެގެން ރޯދަ ނުހިފާ މީހާ އެދުވަސްތަކުގައި ރޯދަ ހިފުންވަނީ ނަހީކުރައްވާފައެވެ.

    1. އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން

    ނަބިއްޔާ ވަނީ، އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަހީކުރައްވާފައެވެ.

    1. ވިޞާލުކޮށް ރޯދަ ހިފުން

    ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސްވަންދެން ރޯދަ ހިފުމަކީ ހަރާމްކަމެކެވެ.

    1. ހައިޟުގެ ދުވަސްވަރުގައި ނުވަތަ ނިފާސްގެ ދުވަސްވަރުގައި ރޯދަ ހިފުން

    ޙައިޟުގެ ދުވަސްވަރުގައި އަދި ނިފާސްގެ ދުވަސްވަރުގައި އެއްވެސް ރޯދައެއް ހިފުމަކީ ހުއްދަކަމެއް ނޫނެވެ.

    1. ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ ރުހުން ނެތި ސުންނަތް ރޯދަ ހިފުން

    ފިރިމީހާ ގާތުގައި ހުއްޓާ ސުންނަތް ރޯދަތައް ހިފަންވާނީ ފިރިމީހާގެ ރުހުމާ އެކުގައެވެ. އެއީ ސުންނަތް ރޯދަތަކަށް ހާއްސަ ހުކުމެކެވެ. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ.

    ]]>
    Sun, 24 Mar 2024 16:38:29 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ގަބުޅި ބޯކިބާ https://heerasnews.com/2349 https://heerasnews.com/2349

    ހީރަސް ސުފުރާ މައްޗަށް މިއަދު ނެރޭނީ ގަބުޅި ގަބުޅި ބޯކިބަލެވެ. ގަބުޅި ބޯކިބަލަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ބޯކިބަލެކެވެ.

    ބޭނުންވާނޭ ތަކެތި:

    • 2 ޖޯޑު ގަބުޅި
    • 1½ ޖޯޑު ހަކުރު
    • 1 ޖޯޑު ފުއް
    • 2 މޭޒުމަތީ ސަމްސާ ފިނިފެން (ރޯސް ވޯޓާ)
    • 3 މޭޒުމަތީ ސަމްސާ ފެން

    ހަދާނެގޮތް:

    • އަވަން  300ޑިގްރީއަށް ހޫނުކޮށްލާށެވެ.
    • ބޯކިބާ ފިހަން ބޭނުންވާ ތަކެތި (ގަބުޅި ، ހަކުރު، ފުއްއަދި ފެންފޮދު) ތައްޓެއްގައި ރަނގަޅަށް އެއްކޮއްލާށެވެ.
    • ބޯކިބާ ފިހާ ޓްރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލާށެވެ.
    • ބޯކިބާގެ ފުއްގަނޑު އެ ޓްރޭއަށް އަޅާލާފަ، ރީއްޗަށް ފަތުރާލާށެވެ.
    • އަވަނުގެ މެދު ހަރުގައި އެ ޓްރޭ ބަހައްޓާފަ، 45 މިނެޓްވަންދެން ފިހެލާށެވެ.
    • ބޯކިބާފިހެވުމުން ބޯކިބަލުގެ މައްޗަށް  މަޑުމުށިކުލަ އަރާނެއެވެ.
    • ބޯކިބާ ފިހެވުމުން އަވަނުން ޓްރޭ ނަގައި މޭޒެއް މަތީ ހިހޫވަންދެން(ދިހަވަރަކަށް މިނެޓު) ބަހައްޓާލާށެވެ.
    ]]>
    Sun, 24 Mar 2024 14:07:54 +0500 ނިއުސް ޑެސްކް
    ހެލްތު މިނިސްޓަރ ހަލީލު އިސްތިއުފާ! https://heerasnews.com/2348 https://heerasnews.com/2348 މަޖިލިސް ހޯދަން މުއިއްޒުކުރާ މަސައްކަތް ގޮވަނީ ބާރަށް އަތަށެވެ. ޕްރައިމަރި އޮޅާލައިގެން ވީކަމެއް ހަރާމުން ހަރާމެވެ. ހަރުތާކު ނުޖެހި ގަނޑު ރޫޅުންނޫން ކަމެއް ކުރެވުނު ކަމަކުން މުއިއްްޒަކަށް ނުވިއެވެ. 

    ދޮގު ދޮލަގު ބޮލަށްލައިގެން ދޮގުހަދަމުން ދުވި ދޮގު ދޮލަގު ނުވިކި ކުނިވެ ފުޅަ އެޅީއެވެ. ދައްކާވާހަކަ އަޑުއަހާ މީހަކު ނޫޅެއެވެ. ވާވައުދަށް އިތުބާރުކުރާ މީހަކު ނެތެވެ. ވެރިކަމުގެ ކިނދު ނުފިލަނީސް މަގުބޫލުކަން ކެނޑި ފޭރާބުޑަށް ޖެހުނު އެހެން އާދަމުގެ ދަރިއަކު މުއިއްޒު ނޫނި ދުނިޔޭގެ ތާރީހު ނުދެކެއެވެ.

    ރަށްރަށަށް ކުރިހާ ދަތުރުން މީހުނަށް މާޔޫސްކަންވީ އިތުރެވެ. މުއިއްޒު ދޮރުން ދޮރަށް ހިނގި ވަރަކަށް ވެސް ވަނީ ބަރަހަނާއެވެ. ފެންނަނީ މީހުނަށް ކުރިން ނޭނގޭ ދެއްކުންތެރިކަމާއި މުނާފިގުކަމެވެ. 

    މުއިއްޒު މަޖިލިސް ހޯދަން ކުރިހާ ކަމަކާ ކުރާހާ ކަމަކުން ފެންނަނީ މަޖިލިސް މުއިއްޒަށް ގެއްލޭތަނެވެ. ލޮދި ހިކައެއް ދާހެން މަޖިލީހުގެ ގޮނޑިތަށް އެމްޑީޕީއާ ދިމާލަށް ދާތަންފެނި މުއިއްޒު އަތްފައިން ވާގި ދޫވެ ވަޒީރުން މައިދާނަށް ނެރެ ގުރުބާން ކަންބަޅިއަށް ހަދާލަނީއެވެ. ދޮގު މައްޗަށް ދޮގު ހަދަމުން ބައިލައްކައަށް ވުރެ ގިނަ މީހުނަށް ނިސްބަތްވާ އެމްޑީޕީއަށް ވަޒީރުން ނިކުމެ ފުރައްސާރަ ކުރަން ފެށީމާ ސަރުކާރު ކުޑަކަކޫ ޖެހިފައި އޮތްވަރު މީހަކު ބުނެދޭ ވަރެއް ނުވާނެއެވެ.

    އެންމެ ފުރަތަމަ ނަފްސާނީ ބަލިމަޑުކަމަށް ހެލްތު މިނިސްޓަރ އަބްދުއްލާ ހަލީލަށް މިވަނީ ބޭސް ކުރަން ޖެހިފައެވެ. ހެލްތު މިނިސްޓަރ އަބްދުއްލާ ހަލީލުގެ ބުއްދި ސަލާމަތުންތޯ ހުރީވެސް ބަލާ ހިސާބަށް ހިނގައްޖެއެވެ. ސަލާމަތް ބުއްދި ނެތް މީހަކީ ވަޒީރަކަށް ޝަރުތު ހަމަނޫން މީހެކެވެ. މިނިސްޓަރ ހަލީލު އެކްސްގައި ކޮށްފައިއެވާ އަމަލަކީ މިނިސްޓަރެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫނެވެ. އަބްދުއްލާ ހަލީލުގެ ދަށު ދަރަޖައިގެ އެ މުޑުދާރު އަމަލު ކުށްވެރިކޮށް އިސްތިއުފާ ދިނުމަށް ގޮވާލަމެވެ. އިސްތިއުފާ ނުދީފިނަމަ އޭނާ މަގާމުން ވަކިކުރަން ޖެހެއެވެ.  

    ހުސްގޮނޑިއަކާއި ފޮޓޯގަނޑެއް ދައްކައިގެން ވެރިކަން ހޯދި ގޮތް މީހުންގެ ސިކުނޑީގައި އިތުރަށް ނެގުނީ ބިންވަޅެވެ. ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް އަޅާދެމުން ކޮންމެ ރަށެއް ދުބާއީއަކަށް ހަދާދެމުން މުއިއްޒު ދިޔަޔަސް ރައްޔިތުންނަށް އެމީހުން ތިބި ހާލު އެނގެއެވެ. މުއިއްޒަށް ރަށްރަށުގެ މީހުން އިތުބާރު ކުރަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް އެމީހުންގެ ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. 

    ސަރުކާރާއި ފެނަކަ އޮތީ ދަރާ ވިކިފައިތޯ ބަލާކަށް މީހުން ބޭނުމެއް ނުވެއެވެ. ރައްޔިތުން ބޭނުންވަނީ ހިދުމަތް ރަނގަޅު ވުމެވެ. ދިރިއުޅުމުގެ ފެންވަރު މަތިވުމެވެ. ފޯރުންތެރި އުފާވެރި އަމާން ދިރިއުޅުމެކެވެ. ވެރިކަން ލިބުމަކުން އެކަންކަން ކޮށްދިނުމަށް މުއިއްޒު ތަސައްރަފެއް ނުފުދެއެވެ.

    ވެރިކަން ދީފިނަމަ ދަރަނިވެރި ކަމުން އަރައިގަނެ އަރަނިވެރި ގައުމަކަށް ރާއްޖެ ހަދާދޭން ބުނުމުން ރައްޔިތުން މުއިއްޒަށް ވެރިކަން ދީފިއެވެ. އާނއެކެވެ. ވެރިކަން އެއޮތީދީފައެވެ. ވެރިކަމާއެކު މަޖިލިސް ނުދެންޏަކާ ނުވާނެއެކޭ އޭރަކު ނުބުނެއެވެ. ވެރިކަން ލިބުނީމާ މަޖިލިސް ދީގެންނޫނީ ކަމެއް ވާން އޮތްކަމަކަށް ނުވެއެވެ. މަޖިލީސް ދިނީމާ ކައުންސިލްތައް ދޭންވެސް ބުނާނެއެވެ. ކައުންސިލްތައް ދިނިމާ އަނބިދަރިން ނުދިއެއްވެސް ނުވާނެތާއެވެ.      

    ]]>
    Sat, 23 Mar 2024 21:07:38 +0500 ނިއުސް ޑެސްކް
    އިހުމާލެއްކަމަށް މުއްތޮލިބު ސިފަކުރީ ރަށްރަށުގެ ފެނާ ނަރުދަމާ! https://heerasnews.com/2347 https://heerasnews.com/2347 ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މުއިއްޒު ސަރުކާރުން މުއްތޮލިބުމެން އަސާސީ ހިދުމަތުގެ ހުރިހާ މަޝްރޫއުއެއް ވަނީ ހުއްޓުވާލާފައެވެ. މ. އަތޮޅު ރަތްމަންދޫގެ މަސައްކަތް އެކަންޏެއް ނޫނެވެ. ރަތްމަންދޫގެ ފެނާ ނަރުދަމާގެ މަސައްކަތުގެ %26 ޕަސެންޓް މަސައްކަތް ކުރީ ސަރުކާރުން ނިންމާފައި އޮތް ކަމަށް މުއްތޮލިބު އެއްބަސްވާކަން ރަނގަޅެވެ. ރަތްމަންދޫގެ ފެނާ ނަރުދަމާގެ މަސައްކަތް ކުރިވަރަކަށްކުރީ ކުރީ ސަރުކާރުގައި ފެނަކައިންނެވެ.

    މުއްތޮލިބޫއެވެ. ރާއްޖޭގެ އެތައް ރަށެއްގައި ފެނަކައިން ފެނާ ނަރުދަމާ ނިޒާމް ގާއިމުކޮށް ނިންމާ ހިދުމަތް ދެމުން އެގެންދަނީ ފެނަކައިގައި އެ ގާބިލުކަން ނެތީމާ ހެއްޔެވެ. ފެނަކައިގައި ޕްރޮޖެކްޓް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އުޅެގެން އެކަން ނުވެއޮތީ ކަމަށް ބިނާރު ވަޒީރު ބުނާތީ އަންނަނީ ހިންޏެވެ.

    ދުނިޔެ ހެއްދެވީއްސުރެ އައިހާ ސަރުކާރު ތަކުން ފެނާ ނަރުދަމާގެ ހިދުމަތް ހައެއްކަ ރަށެއްގައި ނޫނީ އޮތީ ގާއިމު ކޮށް ނުދިއެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ފެނާ ނަރުދަމާގެ ނިޒާމު ހިދުމަތް އެއްފަހަރާ މުޅިރާއްޖޭގައި ގާއިމުކޮށް ދިނުމުގެ މަސައްކަތް ރައީސް އިބޫ ސަރުކާރުން ފެށިއެވެ. އެވެރިކަމުގައި އެތައް ރަށެއްގެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފެށިއެވެ. ފެށި ބައެއް މަސައްކަތް ވެރިކަން ބަދަލުވީއިރު ހުރީ ނިމުމަކާ ކައިރީގައެވެ. ބައެއް މަސައްކަތް އެކިކަހަލަ ސަބަބުތަކާހުރެ ކުރިއަށް ނުކަނޑާވެސް ހުއްޓެވެ. ކުރިއަށް ނުގޮސް އޮތްކަމެއް ކުރިއަށް ނުގޮސް އޮތީ ހަމައެކަނި ފެނަކައިގެ މައްސަލައަކުން ނޫނެވެ. 

    ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ފެނާ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށްވުރެ ބޮޑު އެއްވެސް އިހުމާލެއް މުއިއްޒު ސަރުކާރުގެ ބިނާރު ވަޒީރަކަށް ނުފެނުނެވެ. ފެނަކައަކީ ފެނާ ނަރުދަމާގެ ހިދުމަތް ގާއިމު ކޮށްދެވޭ ވަރަށް ވުރެ ނާގާބިލު ކުންފުންޏެއް ކަމަށް ވަޒީރު ބުނާއިރު އެކުންފުނިން ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކެއް ނުފެނެއެވެ. 

    ފެނަކައަކީ ގާބިލުނޫން ކުންފުންޏެއް ނަމަ ރާއްޖޭގެ ކަންކޮޅުތަކުގައި ފެނަކައިން ކޮށްނިންމާފައިވާ މަސައްކަތްތަކާ ދެމުންދާ ހިދުމަތްތަކެއް އެހެނެއް ނުހުންނާނެއެވެ. ތަރުތީބަކުން ހިނގަމުން އައި ކުންފުންޏެއްގައި ހިފަހައްޓަމަުން އައި އުސޫލުތަކާއި ކުރަމުން އައި ގޮތް ކުއްލިޔަކަށް ބަދަލު ކޮށްލުމަކީ ކުރަން ހަވާލުވާ ބައެއްގެ ނާގާބިލުކަމެވެ. ވިސްނުންތެރި ކަމާއެކު ހަގީގަތާ ކުރިމަތި ލައިގެން ހިދުމަތްދޭން ނޭނގޭވަރުގެ ބަޔަކު ކަންކަމާ ހަވާލުވުމަކީ ފެނަކައިގެ ނުވަތަ ސަރުކާރުގެ މަސްސަލައެއް ނޫނެވެ.  

    އެރަށަކުން އެރަށެއްގެ މަސައްކަތަށް މީހުން ހޯދައިގެން ވަޒީފާ ދީގެން ރަށުގެ ނަރުދަމާއާއި ފެނުގެ ހިދުމަތް ގާއިމުކުރުވުމަކީ ބޮޑުއަގުގައި ބިޑްކޮށްގެން މަސައްކަތް ކުރުމަށްވުރެ ކުންފުނީގެ އަމިއްލަ ކަންކަން އަމިއްލައަށް ކުރުމުގެ ގާބިލުކަން އިތުރުވާނެކަމެކެވެ. ރަށްރަށުގައި ވަޒީފާގެ ފުރުސަތު އިތުރުވެ ބޭރު ލޭބަރުން މަދުކުރެވޭނެ ކަމެކެވެ. ދިވެހިންގެ އެތައް ބަޔަކަށް ފެނާ ނަރުދަމާ އެޅުމުގެ އަމަލީ ތަޖުރިބާ ލިބިގެން ދާނެކަމެކެވެ.

    ކުންފުނީގެ މުއައްޒަފުންގެ އާއްމު މަސައްކަތެއްގެ ގޮތުގައި ރަށްރަށުގެ ފެނާ ނަރުދަމާއެޅުމުގެ މަސައްކަތް ކުރުވުމުން އެކަމަށްޓަކާ ކުންފުނީގެ މާލިއްޔަތުން ގަނޑުކޮށް ހޭދަވާފައިސާ ހަރަދުކުރުން ހުއްޓުވޭނެއެވެ. ކުރީ ސަރުކާރުން ފެނަކަލައްވާ ފެނާ ނަރުދަމާގެ ހިދުމަތް ގާއިމުކުރުވީ ބުނެވިދިޔަ ކަހަލަ އެތައް ފައިދާއަކަށްޓަކައެވެ. ބައިއަޅައިގެން ބިޑްގެ ކަމިޝަން ހޯދަން ބޭނުންވަންޏާ މުއްތޮލިބުމެނަށް ފެނަކައަކީ ގާބިލު ކުންފުންޏަކަށް ނުވާނެއެވެ.    

    ކަންކަން ނުނިމި އޮތް ވާހަކަ ދައްކަނީ ފަށަފައި އޮތީމާތާއެވެ. ނުފަށާކަމެއް ނުނިމޭ ވާހަކައެއް ނުދައްކާނެއެވެ. ރައްޔިތުންގެ ހެވާ ލާބައަށް ފަށާފައި ހުންނަ ކަންކަން އޮތް ހިސާބަކުން ކުރިއަށް ގެންގޮސް ނިންމުމަކީ ހަވާލުވާ ބައެއްގެ ކަމެކެވެ. ހުއްޓިފާ އޮތަސް ހިނގަހިނގާ އޮތަސް އެކަމެއްކޮށް ނިންމުމަކީ ސަރުކާރު ހިންގަން ހަވާލުވާ ބަޔަކު ކުރަންޖެހޭ ކަމެކެވެ. 

    ]]>
    Sat, 23 Mar 2024 18:19:05 +0500 ނިއުސް ޑެސްކް
    އެންމެ ރެއަކު އިއުތިކާފަށް އިނދެވިދާނެތަ! https://heerasnews.com/2346 https://heerasnews.com/2346 އިއުތިކާފު ކުރުމުގެ ބޭނުމަކީ ދުނިޔަވީ ކަންކަމުން މީހާ ހުސްވެ ނަމާދު ކުރުމާއި ޒިކުރު ކުރުމާއި ގުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމެވެ. އިއުތިކާފަށް ނިޔަތް ގަތުމަށްފަހު ފާހާނާކުރުމާއި ކެއިންބުއިން ފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ.

    އިއުތިކާފު ކުރުމުގައި އެންމެ މޮޅު އިތުރުގޮތަކީ ރޯދަމަހުގެ ފަހު ދިހައެއް އެއްކޮށް އިއުތިކާފުގައި އިނުމެވެ. ކީރިތި ނަބިއްޔާ އެގޮތަށް އެކަން ކުރައްވާފައިވާކަމަށް އިމާމް ބުހާރީ އާއި މުސްލިމް ރިވާކުރައްވާ ފައިވެއެވެ. ކީރިތި ރަސޫލާއަށް އިގުތިދާއު ވުމުގެ ގޮތުން އިއުތިކާފު ކުރަން އެންމެ މޮޅު އިތުރުގޮތަކީ ރޯދަމަހު ފަހުދިހަ އެކުގައި އިއުތިކާފު ކުރުމެވެ. ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ދާންދެން ރޯދަ މަހުގެ ފަހު ދިހައެއްގައި އިއުތިކާފަށް އިންނަވާކަމުގައިވެއެވެ. (ބުހާރީ:2025)، (މުސްލިމް: 1171)

    މަސްޖިދުލް ހަރާމްގައި އެއްރޭ އިއުތިކާފުގައި އިނުމަށް އުމަރުގެފާނު ނަދުރެއް ބައްލަވައިގަތެވެ. އެ ނަދުރު ފުއްދުމަށް ނަބިއްޔާ އަމުރުކުރެއްވިއެވެ. (ބުހާރީ:2042)، މުސްލިމް:1656) ބުނެވިދިޔަ ދަލީލުން އެންމެ ރެއަކުވެސް އިއުތިކާފަށް އިނުން ހުއްދަވެގެން ވާކަން ސާބިތުވެއެވެ. 

    ފަހު ދިހައެއް އެއްކޮށް އިއުތިކާފަށް އިނދެވޭގޮތް ނުވާނަމަ، އޭގެ ތެރެއިން ބައެއްރޭ ރޭ ނުވަތަ ދުވަސް ދުވަހު އިއުތިކާފު ކުރުމުގައި މައްސަލައެއް ނެތެވެ. އިއުތިކާފުގައި އިނދެވޭނެ އެންމެ މަދުމިންވަރުގެ ވަގުތެއް ކަނޑައެޅިފައި ނުވާކަމަށް އައްޝައިހު އިބްނި ބާޒް ފަތުވާ ދެއްވާފައިވެއެވެ. ޝައިހު އިބްނި ބާޒުގެ ފަތުވާއަށާއި ބުއްދީގެ ހަމައަށް ނަޒަރު ކުރުމުންވެސް އިއުތިކާފަށް ނިޔަތްގަނެގެން ކިތަންމެ ކުޑަ ވަގުތުކޮޅަކުވެސް އިއުތިކާފަށް އިނދެވިދާނެއެވެ. 

    އެދެވިގެންވާ ގޮތަކީ ފަހު ދިހައެއްގައި ގަދައަޅައި އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް ކުޅަދާނަވީ މިންވަރަކުން އެ ދުވަސްތަކުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ލިބިގަތުމަށް މަސައްކަތް ކުރުމެވެ.

    ]]>
    Sat, 23 Mar 2024 16:30:26 +0500 ނިއުސް ޑެސްކް
    މުދަލު ޒަކާތް ދައްކަން އޮޅުމެއް އޮތްނަމަ މިހެންހަދާ! https://heerasnews.com/2345 https://heerasnews.com/2345
  • ކޮންމެ އަހަރަކުވެސް ޒަކާތުގެ ނިޞާބު ބަލާށެވެ. މި ވަގުތު އިސްލާމިކް މިނިސްޓްރީން ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ޒަކާތުގެ ނިޞާބަކީ: 7140.00 ރުފިޔާއެވެ. (11 ޖެނުއަރީ 2024).
  • އަތުގައި ހުރި ފައިސާ ނިޞާބަށް ވުރެ ގިނަ ނަމަ، ހިޖުރީ ގޮތުން 1 އަހަރު ވަންދެން އެއަށް ވުރެ މަދު ނުވެ ފައިސާ ރައްކާކުރެވިފައި ވޭތޯ ބަލާށެވެ.
  • ހިޖުރީ ގޮތުން 1 އަހަރުވުމުން އެގޮތަށް ނިޞާބަށް ވުރެ މަދު ނުވެ ހުރި ފައިސާއިން ލަސްނުކޮށް ޒަކާތް ނެރުން ވާޖިބުވާނެއެވެ.
  • ދަރަނި:

    • ތިބާ ދައްކަމުންދާ ދަރަނި:

    މަސްތަކަކަށް ނުވަތަ އަހަރުތަކަކަށް ބަހާލައިގެން ދައްކާ ދަރަންޏެއް ވާނަމަ:

    * ރައްކާކޮށްފައި ހުރި ފައިސާއަށް އެއް އަހަރުވުމުގެ ކުރިން އެ ދަރަނި އެއްކޮށް އަދާކޮށްފިނަމަ އަދި އޭގެ ސަބަބުން ރައްކާކޮށްފައި ހުރި ފައިސާ ނިޞާބަށް ވުރެ މަދުވެއްޖެނަމަ އެ އަހަރު ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.

    * އެހެނަސް އެ އަހަރުގެ ދަރަނި ނުވަތަ މަސްތަކަކަށް ބަހާލައިގެންވެސް ދައްކާ ދަރަނި ދެއްކުމަށް ފަހުގައި، ރައްކާކޮށްފައި ހުރި ފައިސާ އަދިވެސް ނިޞާބަށް ވުރެ ގިނަނަމަ އެ ފައިސާއިން ޒަކާތް ނެރެން ވާނެއެވެ.

    • ތިބާއަށް ލިބެން ޖެހޭ ދަރަނީގެ ފައިސާ (އެބަހީ: އެހެންމީހަކަށް ތިބާ ދަރަންޏަށް ދީފައިވާ ފައިސާ)

    އެފަދަ ފައިސާ ދެ ބަޔަކަށް ބެހިގެންވެއެވެ.

    * ދަރަންޏަށް އެ ފައިސާ ނެގީ ތިބާ ބުނާ ކޮންމެ ވަގުތެއްގައިވެސް އެފައިސާ ދެވޭ ވަރު މީހެއް ނަމަ ނުވަތަ ދަތިކަމެއް ނެތި އެފައިސާ ލިބޭނެކަން ތިބާއަށް އެނގޭނަމަ ޒަކާތުގެ ފައިސާ ހިސާބު ކުރާ އިރު އެ މިންވަރުވެސް އޭގައި ހިމަނަންވާނެއެވެ.

    * ދަރަންޏަށް އެ ފައިސާ ނެގީ ވަރަށް ދަތިކޮށް އުޅޭ މީހަކަށް ވެފައި ނުވަތަ އެ ފައިސާ ލިބުމުގެ މާ ބޮޑު އުންމީދެއް ނެތިއްޔާ ނުވަތަ އެ ފައިސާ ނެގި މީހާ ގަޞްދުގައި އެފައިސާ ނުދޭން ލަސްކުރަމުންދާ މީހެއް ނަމަ ޒަކާތުގެ ފައިސާ ހިސާބު ކުރާ އިރު އެ ދަރަނި އޭގައި ނުހިމަނާނީއެވެ. އަދި ފައިސާގެ ޒަކާތް ނެރޭނީ އެ ފައިސާ އަތަށް ލިބުމުންނެވެ.

    • ޒަކާތުގެ ގޮތުގައި ނެރޭނީ ހިޖުރީ ގޮތުން އެއްއަހަރު ވަންދެން ރައްކާކޮށްފައި ހުރި ފައިސާއިން، އޭގެ % 2.5 އެވެ.
    ]]>
    Fri, 22 Mar 2024 16:46:57 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ހުދުކިރިމި ކުކުޅު https://heerasnews.com/2344 https://heerasnews.com/2344 ހީރަސް ސުފުރާ ފަޅުފިލުވާ ލުމަށް މިފަހަރު ހިޔާރު މިކުރަނީ ހުދުކިރިމި ކުކުޅެވެ. ކުކުޅުމަހުން ހަދަ ހާއްސަ ލައިގެންކާ އެއްޗެކެވެ.

    ބޭނުންވާތަކެތި:

    ކުކުޅު ކޮޅު ގްރިލް ކުރަންބޭނުންވާ ތަކެތި:-

    • 3/1 ސައިސަމުސާ މުގުރި އަސޭމިރުސް
    • 1 ޗިކަން ކިއުބް
    • 1 ފަޅި ލުނބޯ
    • 2 މޭޒުމަތީ ސަމުސާ ފިޔާ ހިމުން ހިމުންކޮށް ގާނާފައި ހުރި
    • 1/2 ކިލޯ ކުކުޅު ބޯންލެސް ކޮށާފައި
    • 1 މޭޒުމަތީ ސަމުސާ ގިތެޔޮ މިރުސް ސޯސް
    • 4 ލޮނުމެދު ހިމުންކޮށް ކޮށާފައި
    • ލޮނުކޮޅެއް

    ސޯސް ގަނޑު ހެދުމަށް ބޭނުންވާ ތަކެތި:

    • 3 ޖޯޑު ދިޔާ ކިރު
    • 60 ގ. ބަޓަރ
    • 3 މޭޒުމަތީ ސަމުސާ ފުށް
    • 2 ލޮނުމެދު (ހިމުންކޮށް ގާނާފައި ހުރި)
    • 1 ޖޯޑު މަޝްރޫމް (ކޮށާފައި ހުރި)
    • 1/2 ޖޯޑު ޗީޒް (ގާނާފައި ހުރި)
    • ލޮނުކޮޅެއް
    • 2 ޖޯޑު ބައި މިލްކް ގޯލްޑް ކްރީމް (މައްޗަށް އެޅުމަށް)

    ތައްޔާރުކުރާނެ ގޮތް:

    • ކުކުޅުކޮޅު ތެއްޔަކަށް އަޅާފައި ކުކުޅުކޮޅު މަޑުކުރަން ބޭނުންވާ ސާމާނުތައް އެއްކޮށްލުމަށްފަހު ކުކުޅު މަސްތަކުގައި ހާކާފައި 15 މިނިޓް ބަހައްޓާށެވެ.
    • ދެން ތަވާ ގައި ބަޓަރުކޮޅެއް ހާކާފައި ކުކުޅު ކޮޅުތައް އަތުރާފައި ފިހެލާށެވެ. ނުވަތަ ގްރިލަރ އެއްގައި ގްރިލްކޮށްލާށެވެ.

    ސޯސް ހެދުމަށް:

    • ތަވާ އުނދުން މައްޗަށް އުދާލާށެވެ.
    • ހޫނުވީމާ ބަޓަރކޮޅު އަޅާށެވެ.
    • ދިޔާވަންދެން ދޭފަތުން ހަލަމުންދާށެވެ.

    ސޯސްގަނޑު ހެދުމަށް ފަހު:

    • މަޝްރޫމް ކޮޅު ބަޓަރުކޮޅުގައި ހަނާކޮށްލާށެވެ.
    • ލޮނުކޮޅު ވެސް އެއްކޮށްލާށެވެ.
    • ފުށްކޮޅު ކިރުފޮދު ފައި ގިރާފައި އެއްކޮށްލާށެވެ.
    • ޗީޒް ކޮޅު ވެސް އެއްކޮށް އަޅާލާށެވެ.
    • 5 މިނިޓް ވަރު ދޭފަތުން ހަލަމުން މަޑު ގިނީގައި ސޯސްކޮޅު ކައްކާލާށެވެ.
    • ސޯސްގަނޑުގެ ތެރެއަށް ކުކުޅު ކޮޅު ލާފައި 1 މިނިޓް ވަރު މަޑުގިނީގައި ކައްކާފައި ކްރީމް އެއްކޮށްލާށެވެ.
    • ބަހައްޓާނީ ކްރީމީ ކޮންނެވެ.
    ]]>
    Fri, 22 Mar 2024 16:19:15 +0500 ނިއުސް ޑެސްކް
    ވެރިކަމަކީ ކުރާނެ ކަމެއް ކުރަންދޭ ލައިސަންސެއް! https://heerasnews.com/2343 https://heerasnews.com/2343 ރައީސް މުއިއްޒުގެ އަމަލުތައް ހުރިއްޔަކީ ބަޔަކު އަޅާނުލާ ތިބޭ ކަހަލަ ގޮތަކަށް ނޫނެވެ. ފަސް އަހަރަށް ރައީސް ކަމަށް މީހަކު ހޮވުމަކީ އެމީހަކު ކުރާނެހާ ކަމެއް ކުރާނެހާ ގޮތަކަށް ކުރަން ދޫކޮށްލާފައި ބަހައްޓަން ޖެހޭ ސަބަބެއް ނޫނެވެ. ރައްޔިތުން މުއިއްޒު ވެރިކަމަށް ހޮވީ ގާނޫނަކަށް ގަވައިދަކަށް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަކަށް ރައްޔިތުންގެ އިހުސާސަކަށް ބެލުމެއްނެތި ވެރިކަން ކުރާކަށް ނޫނެވެ. 

    ވެރިކަމެއް ލިބިފައި އޮތަކަސް ހަޔާތެއް ގޮތެއް ފޮތެއް އޮންނަންވާނެއެވެ. ދައުލަތުގެ އެހެން ބާރުތަކަށް އިހުތިރާމް ކުރަން ޖެހޭނެއެވެ. ކޮންމެ ކަމެއްގައި ދައުލަތާ ޗެލެންޖު ކުރުމަކީ މުއިއްޒުގެ އާދައަކަށް ހަދައިފިއެވެ. ވަކިކަމެއް ވަކިގޮތަކަށް ނުކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައެޅިގެން ލިޔެފައި ނެތުމަކީ ގާނޫނުގައި އޮތް ގޮތާއި ދުނިޔޭގެ ހަމަލަމަޔާ ހިލާފުވާން އޮތް ލައިސަންސެއް ނޫނެވެ. 

    ވަޒީރުކަމަށް މަޖިލީހުން ރުހުންނުދޭ މީހަކު ވަޒީރަކަށް އައްޔަނު ނުކުރެވޭނެކަމަށް ގާނޫނުގައި ނެތީމާ މަޖިލީހުން ރުހުންނުދޭ މީހުން ކެބިނެޓަށް ލައިގެން ދައުލަތުގެ މުދަލާއި ފައިސާ އެމީހުން ލައްވާ މުއިއްޒު އެބަ ހެދަކުރުވައެވެ. ކުރިއްސުރެ ހިނގަމުން އައި ކަންކަން ބަދަލުކޮށް ރައްޔިތުންނަށް ތަކުލީފުތައް އެބަ ޖައްސައެވެ. އުޝާމާއި ޝަހީމާއި ހައިދަރަކީ އޭގެ މިސާލެވެ. އެމީހުން ލައްވާ ދައުލަތުގެ ކަންކަން މުއިއްޒު ކުރުވަނީ އެހެން އެކަން އެމީހުން ލައްވާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތިގެން ނޯލައެވެ. އެއްޖިންސުން ކައިވެނި ކޮށްގެން ނުވާނެ ކަމަކަށްވެސް ގާނޫނަކު ނެތެވެ. ދިމްޔާތުގައި ކޮޓަރި ކުއްޔަށް ދީގެން ހަށިނުވިއްކޭނެ ކަމަކަށްވެސް ގާނޫނަކު ނެތެވެ. ގާނޫނުގައި ނެތޭބުނެ އެއް ޖިއްސުން ކައިވެނިކޮށްދީ ދިމުޔާތުގައިކޮޓަރި ކުއްޔަށް ދީގެން ހަށިވިއްކަން މުއިއްޒު ފަށަންވީނޫން ހެއްޔެވެ. 

    ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ސިޔާސީ މަގާމު އުފެއްދުމާއި މީހުންނަށް ސިޔާސީ މަގާމުދޭން މުއިއްޒަށް އިހުތިޔާރު ދީފައި އޮތުމުން ދައުލަތުގެ އާމްދަނީއަކަށް އެހެން އެއްޗަކަށް ބެލުމެއް ނެތެވެ. ކުރާނެ ކަމެއް އިށީންނާނެ ގޮނޑިމޭޒެއް ނެތަސް އަތްގުޅި ނުކާވަރު ބޮޑު މުސާރައިގައި އެތައް ހާސް ބަޔަކަށް ސިޔާސީ މަގާމު ދީނަގަނީއެވެ. ރައްޔިތުންގެ މަޖިލީހަށް އެކަން ހުއްޓުވަން ކުރެވޭ ކަމެއް ނެތްތާ ދައުލަތުން ސިޔާސީ މަގާމު ދެނީ ކިތައް މީހުންނަށް ކަމާއި ކޮންބަޔަކަށް ވެސް ބެލޭނެ އޮތް ކަމަކަށް ނުވެއެވެ.

    ރައީސް ނަޝީދު ވެރިކަން ވައްޓާލުން ނިކުތީ މާލޭ ބިމުން ދިވެހި ވިޔަފާރިވެރިންނަށް ބިން ވިއްކައިގެންނެވެ. ރައީސް ސޯލިހު ދެކޮޅަށް އެންމެ ބާރަށް ދެއްކި އެއްވާހަކައަކީ ތިލަފުށިން ބޭރުމީހުނަށް ބިން ހިއްކަން އުޅުމެވެ. އެކަމަކު 99 އަހަރަށް ތިލަފުށިން ބޭރުމީހުނަށް ބިން ވިއްކުން ހަލާލު ކޮށްފިއެވެ. އެކަން ހުއްޓުވާނެ މުއައްސަސާއެއް މަޖިލީހެއް ނެތެވެ.  

    ]]>
    Thu, 21 Mar 2024 21:01:21 +0500 ނިއުސް ޑެސްކް
    އަށްމަހުން ނިންމަންބުނި ރަސްމާލެ ބޮކިޖަހާ އަޑިއަށް! https://heerasnews.com/2342 https://heerasnews.com/2342 ދުނިޔޭގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލް އަޅަނީ މާލެއާއި ރަސްމާލެ ގުޅާލަން ކަމަށް މުއިއްޒު ބުނީމާ ހައިރާންވިއެވެ. ދުނިޔޭގެ އެތަން މިތާ އަންޑަވޯޓަރ ޓަނަލްތައް އޮތީމައެވެ. ދުނިޔޭގެ ފުރަތަމަ އަޅާ އަންޑަވޯޓަރ ޓަނަލަކީ ރަސްމާލެ ޓަނަލޭ ބުނީމާ ގަބޫލު ކުރަން އުނދަގޫވީއެވެ. ސިއްސައިގެން ދިޔައީއެވެ.

    މުއިއްޒު އަންޑަރވޯޓަރ ޓަނަލޭ ވިދާޅުވެ އެދެއްކެވި ވާހަކަ މިއަދު ގަބޫލުކުރެވިއްޖެއެވެ. އެއީ ހަމަތެދެކެވެ. މުއިއްޒު އެވިދާޅުވާ ރަސްމާލެ އަންޑަރވޯޓަރ ޓަނަލް ވާނީ ދުނިޔޭގެ އެފަދަ ފުރަތަމަ ޓަނަލަށެވެ. ދުނިޔޭގައި މިހާތަނަށް އަޅާފައިވާ ހުރިހާ އަންޑަރވޯޓަރ ޓަނަލް ގުޅިފައި އޮތީ ހިކިފަސް ތަންތަނާއެވެ. އެޓަނަލްތަކުން ދަތުރުކޮށް ދެވެނީ ހިކިފަސް ތާކުން ހިކިފަސް ތާކަށެވެ. 

    ރަސްމާލެ ޓަނަލު ތަފާތެވެ. ރަސްމާލެ ޓަނަލަކީ މާލެއާއި އަންޑަރވޯޓަރ ސިޓީއަކާ ގުޅުވާދޭ ޓަނަލެކެވެ. ރަސްމާލެއަކީ އަންޑަރވޯޓަރ އެކޯ ސިޓީއެކެވެ. ހައިދަރު ވިދާޅުވާހެން ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ލޯ ކާބަން ސޭފް އައިލެންޑް ކޮންސެޕްޓަށް ފެތޭ އެކޯސިޓީއެކެވެ. ރަސްމާލެ ފެނުން މައްޗަކަށް ނުހިކޭނެއެވެ. ރަސްމާލެ އޮތީ އަޑީގައެވެ. އޮންނާނީ ވެސް އަޑީގައެވެ. މުއިއްޒު އަޅާ އަންޑަރވޯޓަރ ޓަނަލްގެ އެއްކޮޅު އޮންނާނީ އަންޑަރވޯޓަރ އެކޯސިޓީ ރަސްމާލެއާއި ގުޅިފައެވެ. އެހެންކަމުން ރަސްމާލެ އަންޑަރވޯޓަރ ޓަނަލަކީ އެގޮތަށް ދުނިޔޭގައި އެޅޭ ފުރަތަމަ ޓަނަލަށް ނުވެއެއް ނުދާނެތާއެވެ.   

    މާތް ކަލާކޯއޭވެ. ދިވެހިންނަށް މުއިއްޒު މިދައްކަނީ ކޮންފަދަ ނަނާ ހުވަފެނެއް ހެއްޔެވެ. ދިވެހިންނަކީ ޑިޒްނީ ވޯލްޑްގެ ކާޓޫނު ކެރެކްޓަރ ތަކަކީ ހެއްޔެވެ. ސައިޒަށް ވުރެ ބޮޑު ފައިވާނަކަށް އެރިގެން ފުންނާބުން ބަޑިތަޅަން މުއިއްޒެއް ކަމަކު ނުހަދާށެވެ. 

    ފުށިދިއްގަރުފަޅު ހިއްކަން ފެށިއިރު ހީވީ ބަލްގީސް ރަނިންގެ ތަހުތު ގެނައުން ފަދަ އަވަސް ކަމަކަށް ރަސްމާލެ ބިނާކުރުން ވާނެހެނެވެ. ބަޖެޓް ނެތަސް ފަރުވާލެއް ނެތެވެ. އެއްރޮއްޖަށް ފޫގަޅައިގެން ދުވަހެއްގެ ހަވީރު ސާޖިދާ ގޮވައިގެން މުއިއްޒު ބަނޑުމައްޗަށް އަރާ ތެޅެގަތް ގޮތަށް ނިންމާނުލާ ބަނޑުމަތިން ފައިބާނެއެކޭ ހިތަކަށް ނާރައެވެ. ކޮށްލި ތެޔޮގުޅާ ސާދައިން ހީވީ އެމޭޒަނާއި މައިކްރޯސޮފްޓަށް ދާންދެން އެތަނަށް ހޮޅި ގުޅާފައި އޮތް ހެންނެވެ. 

    ކަމަކުދާކަށް ނެތެވެ. ރަސްމާލެ ހުއްޓި ބުރަކިޖެހި ހަރުވެއްޖެއެވެ. އަށް މަހުން ނިންމަން ބުނި ރަސްމާލެ ބޮކިޖަހާ އަޑިއަށް ހިނގައްޖެއެވެ. އެކަކު ނިކުމެ ދުނިޔެ ތެރޭގައި އަތްފުނާ އަޅައިގެން އެކޯ މާހިރަކު ހޯދަނީއެވެ. އަނެކަކު އުޅެނީ ކަނޑުން ވެލި ހުސްވެގެންނެވެ. އަނެއްކޮޅުން ދުނިޔޭގައި އޮތްކަމަށް ވަނީ އެންމެ ޑްރެޖަރެކެވެ. ގުޅިފަޅު ނުހިކެނީސް ރަސްމާލެ ނުހިކޭން ގަދަ ހަދަނީއެވެ. ބަހަނާގެ މައްޗަށް ބަހަނާއެވެ. ރަސްމާލެ ހިއްކޭނެ ދުވަހެއްގެ ކޮޅެއް މެދެއް ނޭގެއެވެ. 

    ]]>
    Wed, 20 Mar 2024 21:25:28 +0500 ނިއުސް ޑެސްކް
    ރޯދަ: ހިފުމުގައި އަމުރާއި ނަހީ! https://heerasnews.com/2341 https://heerasnews.com/2341 އަރަބި ބަހުގައި ސައުމް އޭ ކިޔެނީ ކަމެއް ދޫކޮށްލުމަށެވެ. ޝަރުއީ އިސްތިލާިގައި ރޯދައަކީ އާލަމުތަކުގެވެރި ރައްބަށް އަޅުކަން ކުރުމުގެ ގޮތުން، ފަޖުރުއްސާދިގުގެ އަލިކަން ފާޅު ވީއްސުރެ އިރުއޮއްސިއްޖެއުމަށް ދާންދެން ކެއުމާއި ބުއިމާއި ރޯދަ ގެއްލެނިވި އެންމެހާ ކަންކަމުން ރައްކާތެރިވެ ހުރުމެވެ.

    ރޯދަ ބެހޭ ބައިތައް:

    ރޯދައިގެ ބައިތައް އަމުރު ކުރެވިގެންވުމާއި ނަހީވެގެންވުމަށް ބަލާއިރު ރޯދަ ދެ ބަޔަކަށް ބެހެއެވެ.

    • ފުރަތަމަ ބައި: ޝަރުއީ ގޮތުން އަމުރު ވެވިގެންވާ ރޯދައެވެ. މި ފަދަ ރޯދައަކީ ވެސް ދެ ބާވަތެކެވެ.

    1. ވާޖިބު ރޯދަ: ވާޖިބު ރޯދަ ވެސް ވަނީ ދެ ބަޔަކަށެވެ.

    • ޝަރުޢީ ނައްސުގެ އަސްލުން ވާޖިބު ރޯދައެވެ:- އެއީ މުކައްލަފުގެ އަމަލެއްގެ ސަބަބަކާ ނުލައި ވާޖިބު ރޯދައެވެ. މިއީ ރަމަޟާން މަހުގެ ރޯދައެވެ.
    • މުކައްލަފުގެ އަމަލެއްގެ ސަބަބުން ވާޖިބުވާ ރޯދަ:- އެއީ ނަދުރު ރޯދަ، ކައްފާރާ ރޯދަ އަދި ގެއްލުނު ރޯދައިގެ ބަދަލުގާ ހިފަންޖެހޭ ރޯދައެވެ.

    2. މުސްތަޙައްބު ރޯދަ: މުސްތަހައްބު ރޯދަ ވެސް ވަނީ ދެ ބަޔަކަށެވެ.

    • މުތުލަގު ތަތައްވުއު ރޯދަ:- މިއީ ވަކި ޒަމާނެއްގައި ހިފުން ބަޔާންވެފައި ނުވާ ގޮތުގައި ޝަރުއީ ނައްސުތަކުގައި އައިސްފައިވާ ރޯދައެވެ.
    • މުގައްޔަދު ތަތައްވުއު ރޯދަ:- މިއީ ވަކި ޒަމާނެއްގައި ހިފުމަށް ޝަރުއީ ނައްސުތަކުގައި އައިސްފައިވާ ރޯދައެވެ. މިސާލަކަށް: ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފުން، ހޯމަ ބުރާސްފަތި ދެ ދެދުވަހު ރޯދަ ހިފުން، އަރަފާތް ދުވަހު ރޯދަ ހިފުން އަދި ތާސޫއާއާއި އާޝޫރާ ދެ ދުވަހު ރޯދަ ހިފުން.
    • ދެވަނަ ބައި: ޝަރުއުގައި ނަހީކުރެވިގެންވާ ރޯދައެވެ. މި ފަދަ ރޯދައަކީ ވެސް ދެ ބާވަތެކެވެ.
    • ހަރާމު ރޯދަ:- އެއީ ދެ އީދު ދެ ދުވަސް ފަދަ ރޯދަ ހިފުން ހަރާމު ވެގެންވާ ދުވަސް ދުވަހު ހިފާ ރޯދައެވެ.
    • މަކުރޫހަ ރޯދަ:- އެއީ ހައްޖުވެރިޔާ އަރަފާތް ދުވަހު ހިފާ ރޯދަ ފަދަ ރޯދައެވެ.

    ރޯދައިގެ މާތްކަން: ރޯދައިގެ މާތްކަން ގިނަގުނަ ވެގެންވެއެވެ. އޭގެ ތެރޭގައި:

    • ރޯދައަކީ އާލަމުތަކުގެވެރި ރައްބުގެ ޒާތުފުޅަށްޓަކައި ވާ އެއްޗެއް ކަމަށް ބަޔާން ކުރައްވައިފައެވެ. ގުދުސިއްޔަ ހަދީސެއްގައި މިކަން ބަޔާން ކުރައްވައި ވަހީކުރައްވައިފައި ބަސްފުޅެއްގެ މާނާގައި ވަނީ " ރޯދަވަނީ ތިމަން އިލާހަށްޓަކައެވެ. އަދި އެ ރޯދައަށް ޖަޒާ ދެއްވާ ހުށީ ހަމަ ތިމަން އިލާހެވެ."
    • ރޯދައިގައި ކެތްތެރިކަމުގެ ތިން ވައްތަރު ޖަމާވެގެން ވެއެވެ.
    1. އަމުރުކުރައްވާފައިވާ ކަންތައްތައް އަދާކުރުމުގައި ކެތްތެރިވުން
    2. ނަހީކުރައްވާފައި ކަންކަމުން ދުރުހެލިވުން
    3. ކެތްތެރިވުމާއި މުޞީބާތްތަކަށް ކެތްތެރިވުން
    • ގިޔާމަތް ދަވަހު ރޯދަވެރިޔާއަށް އެ ރޯދަ ޝަފާއަތްތެރި ވާނެތެވެ.
    • ރޯދައަކީ އެ އަޅުކަން ކުރާ މީހާއަށް ބޮޑުވެގެން ވާ އަޖުރުއާއި ފާފަފުއްސެވުމަށް ވައުދުވެވޮޑިގެންވާ ކަމެކެވެ.
    • ރޯދައަކީ ފާފަތަކާއި އޮޅިގެން ކުރެވޭ ނުރަނގަޅު ކަންކަމުގެ ކައްފާރާއެކެވެ.
    • ރޯދައަކީ އައްޑަނައެކެވެ. އަދި ނަރަކައިން ރައްކާތެރި ކޮށްދޭ ކިއްލާއެކެވެ.
    • ގިނަގިނައިން ރޯދަ ހިފުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެކެވެ.
    • ރޯދަވެރިޔާގެ އަނގައިގެ ވަހަކީ މާތް ރަސްކަލާނގެ ހަޒުރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރު ވަހެކެވެ.

    ރޯދަ ޝަރުއުކުރެއްވުމުގެ ހިކުމަތް:

    ރޯދައިގެ ފައިދާތައް ސަލާމަތް ބުއްދީންނާއި ސީދާވެގެންވާ ފިތުރަތުން ކަށަވަރު ވެގެންވެއެވެ. ކަންމިހެން ހުރުމުން އަޅުތަކުންނަށް ރަޙުމަތެއްކަމުގައި އަދި އެއިލާހުގެ އަޅުތަކުންނަށް އިހުސާންވަންތަވެ ވޮޑިގެން، ރޯދަ ހިފުން ޝަރުއުކުރެއްވިއެވެ. އެއީ އެބައިމީހުންނަށް (ނަރަކައިންވާ) ހިމާޔަތެއް ކަމުގައެވެ. އަދި ފާހިޝް ކަންކަމުން ރައްކާތެރި ކުރުވަނިވި އައްޑަނައެއްވެސް މެއެވެ.

    ރޯދައިގައި ގިނަގުނަ ފައިދާތަކާއި މަތިވެރި ހިކުމަތް ވެއެވެ. އޭގެ ތެރޭގައި:

    • ރޯދައަކީ ތަގުވާވެރިވުން ކަށަވަރުވުމުގެ ވަސީލަތެކެވެ.
    • ރޯދަވެރިޔާއަށް ނިއުމަތުގެ އިހުސާސު ލިއްބައި ދެއެވެ.
    • އަމިއްލަ ނަފުސުގެ އެދުންތައް ތަރުބިއްޔަތުކޮށް އަދި (ކަންކަން) ތަހައްމަލު ކުރުމުގެ ބާރު ލިއްބައި ދެއެވެ.
    • ރޯދައިން ޝައިތާނާގެ މައްޗަށް ގަދަވެ ގަނެވެއެވެ.
    • ރޯދައިގެ ސަބަބުން ރޯދަވެރިޔާގެ ހިތުގައި މިސްކީނުންގެ މައްޗަށް ރަހުމާއި ކުލުނުވެރިކަން އުފައްދައެވެ.
    • ރޯދައިން ހަށިގަނޑުގައި އުފެދޭ ނުބައި ވިހަ މާއްދާތަކުން ސާފު ކޮށްދެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއް ހާސިލު ކޮށްދެއެވެ.
    ]]>
    Wed, 20 Mar 2024 18:20:32 +0500 ނިއުސް ޑެސްކް
    ކަދުރު: އެންމެ ފައިދާހުރި އެއް މޭވާ https://heerasnews.com/2339 https://heerasnews.com/2339 ކަދުރަކީ ކީރިތި ގުރުއާނާއި މާތް ރަސޫލާ ސުންނަތުންވެސް އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މޭވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. އިސްލާމްދީން ފާޅުވެގެންއައި ދުވަސްވަރުގައި މުސްލިމުންގެ ކެއުމުގެ ގޮތުގައި ބޭނުން ކުރެއްވީވެސް ކަދުރެވެ. ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާން ތަކުގައިވެސް މުސްލިމުންގެ މެދުގައި މަގުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. އަދި ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި ބޭނުން ކުރެވުނު މޭވާއެކެވެ. ތާރީހުގެ ފަތްފުއްތަކުން އެނގޭގޮތުގައި ކަދުރު އެންމެ ފުރަތަމަ ފެނިފައިވަނީ މެސޮޕޮޓޯމިއަން ސިވިލައިޒޭޝަންގެ ދުވަސްވަރު އެސަރަހައްދުންނެވެ. އެއީ މިހާރު ސައުދީއާއި އިރާގު ގުޅޭ ހިސާބެވެ.

    ކަދުރުގެ ވައްތަރުތައް: 

    ދުނިޔޭގައި ސިލްކް އުފެއްދުމާއި ވިޔަފާރީގައި މީގެ އެތައް އަހަރުތަކެއް ކުރިން ފާހަގަ ކުރެވޭ ޗައިނާ މީހުން ވިޔަފާރިކޮށް ދަތުރު ނިންމާލާފައި އަންނީ ކަދުރު ހިފައިގެންނެވެ. ޒަމާނަކީ ބާޓާ ސިސްޓަމަށް ވިޔަފާރި ހިންގަމުން އައި ޒަމާންކަމުން ސިލްކަށް ކަދުރު ބަދަލުކޮށް ޗައިނާއަށް ގެނެސް އުޅުނެވެ. އަދި މެދުއިރުމައްޗައް ދުނިޔޭގެ އެކި ކަންކޮޅުތަކުންދާ ގިނަ ބަޔަކު އެންމެ ކުރިން ފަށައިގެންވެސް ރަމްޒީ އެއްޗެއްގެ ގޮތުގައި ކަދުރު ގެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި ގައުމުގައި ތިބޭ އާއިލާއަށް ގިނަ ބަޔަކު ކަދުރުގެނެއެވެ.

    ކަދުރު އާންމުކޮށް ހައްދަނީ އަރަބި ދުނިޔޭގައެވެ. ދުނިޔޭގައި ކަދުރު ހައްދާ ގައުމުތަކަކީ ސައުދީ އަރަބިއްޔާއާއި އީރާނާއި އިރާގާއި މިސްރެވެ. އަދި މީގެ އިތުރަށް ޔޫރަޕްގައި އިސްލާމީ ދައުލަތް ފެތުރިފައި ކުރިން އޮތް ދެ ގައުމު ކަމަށްވާ އިޓަލީއާއި ސްޕެއިނާއި އެމެރިކާގައެވެ. އެމެރިކާގެ ކޮންޓިނެންޓްގައި އެމެރިކާގެ އިތުރަށް މެކްސިކޯ ފަދަ ގައުމުތަކުގައި ވެސް ކަދުރު ހައްދާ އުޅެއެވެ. މެކްސިކޯއަށް ކަދުރު ތައާރަފް ކޮށްފައިވަނީ  ޕޯރޗުގީޒުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ކަދުރުގެ މުޑުވައް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ. ސްޕެއިންގެ އަންދަލްސަށް ކަދުރު ތައާރްފް ކޮށްފައިވަނީ ހަލީފާ އަބްދުއްރަޙްމާންއެވެ. ޕާކިސްތާނަށް ކަދުރު ގެނެސްފައިވަނީ އެލެކްސެންޑާރ ދަ ގްރޭޓް އޭސިއާގައި މަސައްކަތް ކުރެއްވި ދުވަސްވަރުއެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަދުރު ހެދޭކަން ވަނީ ފާހަގަ ކުރެވިފައެވެ. 

    ސަލާމްލެއްވި އިސާގެ ފާނުގެ މައިކަނބަލުން އީސާގެ ފާނާއިގެން ރައްކައުވެ ވަޑައިގަތުމަށް ބަނޑުގައި ރިހުމުގެ ވޭންވަރު އަޅަންފެށި ހިނދު އެކަމަނާއަށް ވަހީ ބަސްފުޅު އިއްވިއެވެ. މި ހާދިސާގެ ވާހަކަ ހިމެނެނީ މަރުޔަމް ސޫރަތުގައެވެ. މިގޮތުން އެ ސޫރަތުގެ 25 ވަނަ އާޔަތުގައި މާނާގައިވަނީ " ވީއިރު، ތިޔަ ކަދުރު ރުކުގައި ހިފާފައި، ކަމަނާއާއި ދިމާއަށް ހަލުވައިލާ ހުށިކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތައް ކަމަނާގެ ކައިރިއަށް އެޅޭނެއެވެ." ދެން ހަމަ އެޔާޖެހިގެން 26 ވަނަ އާޔަތުގެ މާނަގައި ވަނީ “ ދެން އެކަދުރުކައި، ތިޔައޮތް ފެންއާރުން ފެންބޮއި ހިތްހަމަޖައްސާހުށި ކަމެވެ.! ދެން، ކަމަނާއަށް މީހަކު ފެނިއްޖިނަމަ ބުނާށެވެ: ހަމަކަށަވަރުން، އަހަރުރެން މިއިނީ، ރަޙްމާންވަންތަ މާތްރަސްކަލާންގެ ކިބައަށް ރޯދަހިފުމަށް ނަދުރުގަނެގެންނެވެ.! ވީމައި އަދު، އަހުރެން، އެއްވެސް މީހަކާއި ވާހަކަދަށްކައި އުޅޭކަށް ނެތީމެވެ".

    ސައިންސް ވެސް ސާބިތު ކޮށްދޭގޮތުގައި ކަދުރަކީ މާބަނޑު މީހުންނަށް ފައިދާހުރި ރަނގަޅު މޭވާއެކެވެ. ކަދުރަކީ މާބަނޑު މީހުން ކެއުމަށް ނުހަނު ރަނގަޅު ފައިދާހުރި މެވާއަކަށް ވަނީ ކީއްވެތޯއެވެ؟ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ކަދުރަކީ  ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެކެވެ.

    ކަދުރަކީ އިންސާނާގެ ހަށިގަނޑަށް ހާއްސަކޮށް ކުޑަކުދިންނަށް ފައިދާހުރި ކާނާއެކެވެ. ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގެ މައްސަލަތައް ރަނގަޅުކޮށްދީ ފަސޭހަކަމާއި އެކު ކާތަކެތި ހަޖަމްކުރުމަށް އެހީއަކަށްވެދެއެވެ. ކުޑަކުދިންނަށް ދިމާވާ ބޭރަށް ހިންގުމާއި ބަނޑު ހަރުވުންފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއްގެ ގޮތުގައިވެސް ކަދުރު ބޭނުން ކުރެވެއެވެ. މިގޮތުން ކަދުރު ޖޫސް ކިރާ އެއްކޮށްގެން ނުވަތަ މާމުޔާއި އެއްކޮށްގެން ބޭނުން ކުރެވިދާނެއެވެ. 

    ކަދުރަކީ ފަލަބަލި ނުވަތަ އޮބޭސިޓީއަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ފައިދާހުރި މެވާއެކެވެ. އާންމުކޮށް އޮބޭސިޓީ ބަލި މީހުން އިތުރަށް ބަލި ބޮޑުވެގެން ދަނީ މި ބަލީގެ ސަބަބުން އާދަޔާ ހިލާފަށް ކާހިތްވުމާއި ބަނޑުހައިކަން އިހްސާސްވުމުމުގެ ސަބަބުން ކެއުމުގައި ކޮންޓްރޯލުން ނެއްޓި އަދި މީހާ ކަންނެތްވެ ހަރަކާތްތެރިވުން ކުޑަވުމުންނެވެ. ކަދުރުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި ކޮންޓްރޯލްވެ އަދި ބަނޑުހައިކަން ކުޑަކޮށްދެއެވެ. ހަށިގަނޑުގައި ބާރުޖެހި ލޭ ހިނގުން އަވަސްވެދެއެވެ. މި ބަލި ހުންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ކަދުރު ކެއުމުން ހަށިގަނޑުގައި ސަރުބީ ވިރުވައިދީ ހީވާގިކަންގެނެސްދީ މި ބައްޔަށް ލުއިކަން ލިބެއެވެ.

    ކަދުރަކީ ހަށިގަނޑު ވިހަ މާއްދާތަކުން ސަލާމަތްކޮށް ރަށްކާތެރިކޮށްދޭ މޭވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރު ޖޫހަކީ އެކި ވައްތަރުގެ ހުމުގެ ބަލިތަކާއި ރޯގާތަކަށް ވެސް ރަނގަޅު ފަރުވާއެކެވެ. ކަދުރަކީ ޖިންސީ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭ މޭވާއެކެވެ. އަދި ކަދުރު ކެއެއުމުން ނުވަތަ މާމުޔާ ކިރު ކަދުރު ޖޫހާއި އެއްކޮށްގެން ބުއިމުން ހަށިގަނޑު ބާރު ގަދަކޮށްދެއެވެ.

    ސަހީހުލް ބުހާރީގައި އަދި މުސްލިމްގައި ބަޔާންވެފައިވާ ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވާ ގޮތުން ހެނދުނު އަޖުވާ ކަދުރުގެ 7 ކަދުރު ކައިފި މީހަކަށް އެދުވަހު ވިހައިގެ އަސަރެއް އަދި ސިހުރުގެ އަސަރެއް ނުކުރާނެއެވެ. މީގެ 1400 އަހަރުކުރިން ރަސޫލާ ވިދާޅުވި ބަސްފުޅު މިއަދުގެ ސައިންސް ވަނީ އިތުރަށް ސާބޮތުކޮށްދީފައެވެ. 7 ކަދުރަކީ ގާތްގަނޑަކަށް 70 ގުރާމެވެ. އޭގެން 70 މިލިގްރާމަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކާއި ހުޅުތަކާއި ކަށިގަނޑަށް ބޭނުންވާ ކެލްސިއަމްއެވެ. އަދި 35 މިލިގްރާމް އަކީ ސިކުނޑިއަށް ބޭނުންވާ ކާނާގެ ތެރޭގައިހިމެނޭ ޕޮސްޕަރަސްއެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ލޮނު، މިނަރަލްސްގެ ބައި ލިބެއެވެ.

    ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ހިމެނޭއިރު އޭގެތެރޭގައި އެންމެ މަތީ މިންވަރަކަށް ހިމެނެނީ ކާބޯހައިޑްރޭޓްސް އެވެ. އެއީ ހަށިގަނޑު ވަރުގަދަވެ ބާރު ޖެހުމަށް ބޭނުންވާ ބާވަތެވެ. ކަދުރުން ލިބޭ ކާބޯހައިޑްރޭޓްސްގެ މިންވަރަކީ 88ޕަސެންޓެވެ. އަދި %5.6-2.3  ޕުރޮޓީންސް ހިމެނެއެވެ. ޕްރޮޓީންސް އަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާބައެވެ. އަދި ހަށިގަނޑަށް ބޭނުންވާ ޑައިޓްރީ ފައިބަރޔާއި ވިޓަމިންސް %11.5-6.4 ހިމެނެއެވެ. އަދި %5-5.2  ގެ ފެޓް ހިމެނެއެވެ. އަދި މީގެ އިތުރަށް %5-0.2 ތެޔޮހިމެނެއެވެ.

    ކަދުރަކީ ވިޓަމިން އޭ، ބީ ވަން، އަދި ފުލުއޮރިން ހިމެނޭ މޭވާއެކެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް، ކޯބަލްޓް، ދަގަނޑު، މެގްނީޒިއަމް، ޕޮޓޭސިއަމް، ޕޯސްފަރަސް، ސޯޑިއަމް، ޒިންކްއެވެ. އަދި އެލްމީނިއަމް، ކްލޯރައިޑް، ލެޑް އާއި ސަލްފަރ، ސެލީނިއަމްވެސް ހިމެނެއެވެ. މި މާއްދަތަކީ ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުން ސަލާމަތްވުމަށް އެހީތެރިވެދޭ ބައިތަކެކެވެ.

    ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ޑައެޓަރީ ފައިބަރ ހިމެނޭ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. އަދި ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަސްކަމާއެކު ލިއްބައިދެނިވި އެންމެ ރަނގަޅު ކާނާގެ ބާވަތެވެ. ޕޮޓޭސިއަމްވެސް އެންމެ ގިނައިން އެކުލެވިގެންވާ އެއްބާވަތަކީ ކަދުރެވެ. ކަދުރަކީ ބަނޑުހަރުވުމުން ދުރުކޮށްދޭ ކާނާގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ނަމަވެސް އޭގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށްޓަކައި ބަނޑުހަރުވެފައިވާ މީހާ ކަދުރު ބޭނުންކުރަން ޖެހޭނީ އެއްރޭ ވަންދެން ފެނުގައި ލުމަށްފަހު އެފެނާ އެކުގައެވެ..

    ގަވާޢިދުން ކަދުރު ބޭނުންކުރާނަމަ، ގޮހޮރުގެ މައްސަލަތައް މެދުވެރިން ކުޑަކޮށް ދެއެވެ. ކަދުރަކީ ބޭރަށް ހިންގުމަށް ވެސް ހުރި ފަރުވާއެކެވެ. ސަބަބަކީ ކަދުރުގައި ހުންނަ ޕޮޓޭސިއަމްއަކީ ބޭރަށްހިންގުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާއަކަށްވާތީއެވެ.

    ކަދުރަކީ ބައެއް ވައްތަރުގެ ކެންސަރުން އިންސާނާ ސަލާމަތްކޮށްދޭ އެއްޗެކެވެ. ކަދުރުގައި އެންޓި އޮކްސިޑެންޓް އެކުލެވިގެން ވުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދޭ ކަމެކެވެ. ކަދުރުގައި ވިޓަމިން އޭ ގިނަ މިންވަރަކަށް ހުރެއެވެ. ވިޓަމިން އޭ ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

    ކަދުރަކީ ހިތުގެ ބަލިތަކުން ވެސް މީހާ ސަލާމަތް ކޮށްދޭ މޭވާއެކެވެ. އެހެނީ އެއީ ސޯޑިއަމް މަދު ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. އެހެންކަމުން، މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދީ، އަދި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދޭ މޭވާއެކެވެ. ކަދުރުގައި އަޔަން އެކުލެވިފައިވުމުން ހަށިގަނޑުގެ ލޭ އިތުރުވެއެވެ. ކަދުރަކީ އެއްވެސް މިންވަރަކަށް ކޮލެސްޓްރޯލް ހިމެނޭ މޭވާއެއްނޫނެވެ.

    މާބަނޑު އަންހެނުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ކަދުރަކީ މާބަނޑު އަންހެނުންނަށް ދިމާވާ ވިހެއުމުގެ ވޭންތައް ކުޑަކޮށްދޭ މޭވާއެއް ވެސް މެއެވެ.

    ކަދުރުގައި ވިޓަމިން އޭ އެކުލެވުމަކީ ލޮލުގެ ފެނުމުގެ މައްސަލަ ހުންނަން އެހީތެރިކަން ފޯރުކޮށްދޭ ކަމެކެވެ. ހާއްސަކޮށް ނައިޓް ބްލައިންޑްނެސްގެ މައްސަލަ ހުންނަ މީހުންނަށް ކަދުރު ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަވެއެވެ.

    މިހުރިހާ ފައިދާތައް އެކުލެވިގެންވާ ކަދުރަކީ ހަމައެކަނި ރޯދަމަހު ބޭނުން ކުރަންޖެހޭ މޭވާއެއްކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް ކަދުރަކީ ރޯދަމަސް ނޫނަސް ކޮންމެ ދުވަހަކު ވެސް ބޭނުންކުރުމަށް އެންމެ ރަގަޅު މޭވާއެވެ

    ]]>
    Wed, 20 Mar 2024 16:56:56 +0500 ނިއުސް ޑެސްކް
    އާދުބާގާ މީހުންނާއި ހޫދު އަލައިހިއްސަލާމް https://heerasnews.com/2340 https://heerasnews.com/2340 ނޫޙުގެފާނަށް ފަހު

    ނޫހުގެފާނުގެ ދަރިފަސްކޮޅުގައި މާތް ރަސްކަލާނގެ ބަރަކާތް ލެއްވިއެވެ. ނޫހުގެ ދަރިފަސްކޮޅު މުޅި ބިންމަތީ ފެތުރިގެން ދިޔައެވެ. ނޫހުގެ ދަރިފަސްކޮޅުގެ ތެރޭގައި އާދު ކިޔާ އުއްމަތެއްގެ ބަޔަކުވިއެވެ. އެބައިމީހުންނަކީ ވަރަށް ވަރުގަދަ ބައެކެވެ. އެބައިމީހުންގެ ހަށިގަނޑުތައް ދަގަނޑުންވާ ފަދައެވެ. އެބައިމީހުންނާ ހަނގުރާމަކުރާ ކޮންމެ ބައެއް ބަލިކޮށް އެބައެއްގެ މައްޗަށް ކާމިޔާބު ހޯދައެވެ. އެހެންކަމުން އެބައިމީހުން ބިރުގަންނަ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެހެން މީސްތަކުން އެބައިމީހުން ދެކެ ބިރުގަނެއެވެ.

    އާދު ބާގައިމީހުންގެ އެންމެހާ އެއްޗެއްގައި ބަރަކާތް ލެއްވިއެވެ. އެބައިމީހުންގެ ގެރިބަކަރިތަކުންވަނީ މުޅި ވާދީތައް ފުރާލެވިފައެވެ. އެންމެހާ އަސްތަކުން ވަނީ މައިދާންތައް ފުރާލެވިފައެވެ. އަދި އެބައިމީހުންގެ ދަރިންތައް ގިނަވުމުގެ ސަބަބުން ގެތައްވަނީ ފުރިފައެވެ. އާދުބާގައިގެ މީހުންގެ ގެރިބަކަރިތައް ހުއިހައްޕަން ބޭރަށް ނެރޭ ވަގުތަކީ ވަރަށް ރީތި މަންޒަރުތަކެއް ސިފަކުރެވޭ ވަގުތެކެވެ. އަދި އެބައިމީހުންގެ ދަރިންތައް ކުޅެން ނުކުމެ އުޅޭ ވަގުތަކީވެސް އެހާމެ ހިއްގައިމު ވަގުތެކެވެ. ހަމައެހެންމެ އެބައިމީހުން ދިރިއުޅެމުންދާ ބިމަކީ ފެހިކަންގަދަ ބިމެކެވެ. ބަގީޗާތަކާއި ކޯރުތައް އެބިމުގައި ވަރަށްވެސް ގިނައެވެ.

    އާދުބާގައިމީހުން ކުފުރުވުން

    ނަމަވެސް އެއެންމެހާ ނިޢުމަތްތައް ދެއްވިކަމަށްޓަކައި، އެނިޢުމަތްތަކަށް އެބައިމީހުން ޝުކުރުވެރިއެއް ނުވެއެވެ. އަދި އެބައިމީހުންގެ ކާބަފައިންގެ ކިބައިން އަޑުއިވެމުން އައި، ނޫހުގެފާނުގެ ގައުމުގެ މީހުނަށް އައި ވަރުގަދަ ތޫފާނުގެ ވާހަކަ މަތިން އެބައިމީހުން ހަނދާން ނައްތާލިއެވެ. އަދި ބިމުގައިވާ އެތޫފާނުގެ އަސަރުތަކުގެ މަތިންވެސް ހަނދާން ނައްތާލިއެވެ.

    ނޫހުގެފާނުގެ ގައުމުގެ މީހުންނަށް ތޫފާން ފޮނުވުނީ ކޮން ސަބަބަކާ ހުރެކަންވެސް ހަނދާން ނައްތާލިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އެބައިމީހުންވެސް ނޫހުގެފާނުގެ ގައުމުގެ މީހުން އަޅުކަންކުރަމުންއައި ބުދުތަކަށް އަޅުކަން ކުރަން ފެށިއެވެ. އެބައިމީހުންގެ އަތްތަކުން ހިލައިން ބުދުތައް ހަދައިގެން އެތަކެއްޗަށް ސަޖިދަޖަހައި އަޅުކަންކޮށް އުޅެތެވެ. އަދި އެބައިމީހުން ބޭނުންވާ ކަންކަމުގައި އެބުދުތަކަށް ދުއާކޮށް، އެބުދުތަކަށް ޖަނަވާރުތައް ކަތިލައި އުޅެތެވެ. އެބައިމީހުން ކަންތައްކުރަމުން ގެންދިޔައީ ނޫހުގެފާނުގެ ޤައުމުގެ މީހުން ކަންތައް ކުރަމުން ގެންދިޔަ ފަދައިންނެވެ.

    އެބައިމީހުންގެ ވިސްނުންތަކުން، ފުރާނައެއްނެތް އެއްވެސްކަމެއް ކޮށްނުދެވޭ ބުދުތަކަށް އަޅުކަންކުރުމަކީ ފައިދާއެއްނެތްކަމެއް ކަމަށް ގަބޫލެއް ނުކުރެއެވެ. އެބައިމީހުންގެ ވިސްނުންތަކުން އެބައިމީހުންނަކަށް ހިދާޔަތެއް ދައްކައެއްނުދިނެވެ. އެބައިމީހުންނަކީ ދުނިޔެވީ ކަންތައްތަކުގައި ވިސްނުންތެރި އަދި ދީނުގެ ކަންތައްތަކުގައި ބުއްދި ހަމަނުޖެހޭ ބައެއްކަމުގައިވިއެވެ.

    އާދުބާގައިމީހުންގެ ޢަދާވާތްތެރިކަން

    އާދުބާގައިމީހުންގެ ވަރުގަދަކަން އެބައިމީހުންނަށާއި، އެންމެހާ މީސްތަކުންނަށް ބޮޑު ވަބާއަކަށް ވެގެންދިޔައެވެ. އެކަމުގެ ސަބަބަކީ ޢާލަމްތަކުގެ ވެރި ރައްބަށާއި ގިޔާމަތްދުވަހަށް އެބައިމީހުން އީމާންނުވުމެވެ.

    އަނިޔާވެރިވުމުން އެބައިމީހުން މަނާވާނީ ކިހިނެއްތޯއެވެ؟ އަދި ޢަދާވާތްތެރިވުމުން އެބައިމީހުން މަނާވާނީ ކިހިނެއްތޯއެވެ؟ އަދި އެހެން މީސްތަކުންނަށް އެބައިމީހުން އަނިޔާވެރިނުވާންވީ ކީއްވެތޯއެވެ؟ އެބައިމީހުން ދެކޭގޮތުގައި އެބައިމީހުންނަށްވުރެ ބާރުވެރި އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެބައިމީހުން ބިރުގަނެ ޖެހިލުންވާ އެއްވެސް މީހެއް ނުވެއެވެ. އެބައިމީހުން ބުނާކަމުގައިވިއެވެ. "ބާރުގެގޮތުން ތިމަންނަމެންނަށްވުރެ ވަރުގަދައީ ކާކު ހެއްޔެވެ؟" އެބައިމީހުން ހައްދަވައި، އެބައިމީހުންނަށް އެބާރު ދެއްވި އިލާހު އެބައިމީހުންނަށްވުރެ ބާރުގަދަކަން އެބައިމީހުންކަށް ނުވިސްނުނެވެ.

    އެބައިމީހުންގެ މިސާލަކީ މިނިކާ ޖަނަވާރުތަކެއްގެ މިސާލެވެ. އެބައިމީހުންގެ ތެރެއިންވާ ބޮޑެތިމީހުން ކުޑަކުދިންނަށް އަނިޔާވެރިވެއެވެ. އަދި އެމީހުންގެ ތެރެއިންވާ ބާރުގަދަ މީހުން ދެރަނިކަމެތިންނަށް ގޯނާކޮށް އަދަބު ދެއެވެ. އަދި އެބައިމީހުން ރުޅި އަތުވެއްޖަނަމަ މިސާލަކީ ރުޅިއައިސްފައިވާ އެތްތަކެއްގެ މިސާލެވެ. އެއްވެސް އެއްޗެއް މަރާނުލައި ދޫކޮށްނުލައެވެ.

    އެބައިމީހުން ހަނގުރާމައެއްކޮށްފިނަމަ އެބައެއްގެ ދަރިފަސްކޮޅާއި ދަނޑުބިންތައް ސުންނާފަތިކޮށްލައެވެ. އަދި އެބައިމީހުން ރަށަކަށް ވަދެއްޖެނަމަ އެރަށެއްގެ މީހުންގެ ތެރެއިންވާ ޢިއްޒަތްތެރިން ނިކަމެތިކޮށްލައެވެ. އެންމެހާ ދެރަނިކަމެތިމީހުން ޢާދުބާގައިގެ މީހުންގެ ނުބައިކަމާމެދު ބިރުގަނެއެވެ. އަދި އެބައިމީހުންގެ އަނިޔާވެރިކަމުން ސަލާމަތްވާންވެގެން ފިލާ އުޅެއެވެ.

    މިފަދަ ސަބަބުތަކާހުރެ އާދުބާގައިމީހުންގެ ވަރުގަދަކަން އެބައިމީހުންނަށާއި، އެންމެހާ މީސްތަކުންނަށް ބޮޑު ވަބާއަކަށް ވެގެންދިޔައެވެ. ހައްދަވާ ގެންގުޅުއްވާ އިލާހަށް ބިރުވެތިނުވެ، އަދި ގިޔާމަތް ދުވަހަށް އީމާންނުވެ އުޅޭ ކޮންމެ މީހެއްގެވެސް އުޅުން ހުންނަގޮތެވެ.

    ޢާދުބާގައިމީހުންގެ ބިނާތައް

    އާދުބާގައިމީހުން، ކެއުމާއިބުއިމާއި، ކުޅިވަރުކުޅުމުގައި ވަނީ ހައްދުފަހަނަ އަޅާގޮސްފައެވެ. އެކަންތައްތައް ފިޔަވައި އިތުރުކަމެއް އެބައިމީހުންނަށް ކުރަންނުޖެހޭ ފަދައެވެ. އެއިގެ ތެރެއިން އެއްބައިމީހުންގެ އުސްބިނާތަކާއި ތަނަވަސް ގެތަކާހުރެ އަނެއްބަޔެއްގެ މައްޗަށް ފަހުރުވެރިވެ ބޮޑާވެގަނެއެވެ. އެބައިމީހުން ބިނާތައް ހެދުމަށްޓަކައި، އެބައިމީހުންގެ އެންމެހާ ފައިސާތަކެއް ފެނާއި، ވެއްޔާއި، ގާ ހޯދުމަށް ހަރަދުކުރެއެވެ. އެބައިމީހުންގެ އަމާޒަކީ އުސްތަނެއްހުރިކަމުގައި ވަނީނަމަ އެތަނެއްގައި ވަރުގަދަ ބިނާއެއް ހެދުމެވެ.

    އެބައިމީހުން މިފަދަ ބިނާތައް ހަދަމުން ގެންދިޔައީ، އެބައިމީހުންނަކީ ދާއިމަށް މަރުވުމެއްނެތި އެބިނާތަކުގައި ދިރިއުޅޭނެ ބައެއްކަމަށް ހީކޮށެވެ. އަދި އެބައިމީހުން މިފަދަ ބިނާތައް ހަދަމުން ގެންދިޔައީ ބޭނުމެއްނެތި އެކަކު އަނެކަކާ ވާދަކުރުމުގެ ގޮތުންނެވެ. އެބައިމީހުންގެ ތެރޭގައިވާ ފަގީރުންނަށް އެއްވެސް އަޅާލުމެއް ނެތިއެވެ. އެބައިމީހުންގެ ތެރޭގައިވާ ފަގީރުންވީ ވަންނާނެ ގެއެއްނެތް ބައެއްގެ ގޮތުގައެވެ. އަދި މުއްސަނދިންގެ ގެތަކަށް އެފަގީރުންތައް ނުވައްދައެވެ.

    މިބައިމީހުންގެ ބޮޑެތި ބިނާތައް ފެނިއްޖެ މީހަކަށް އެނގޭނީ މިބައިމީހުންނަކީ ގިޔާމަތް ދުވަހަށް އީމާންނުވާ ބައެއްކަމެވެ.

    ރަސޫލާ ހޫދު އަލައިހިއްސަލާމް

    އާދުބާގައި މީހުންގެ ގާތަށް ރަސޫލަކު ފޮނުއްވެވުމަށް އިރާދަކުރެއްވިއެވެ. އެއީ އެއްވެސް ހާލެއްގައި މީސްތަކުން، އާލަމުތަކުގެވެރި ރައްބު ފިޔަވާ އެހެން ފަރާތަކަށް އަޅުކަންކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވެއެވެ. އަދި ބިންމަތި ފަސާދަވުމަކަށްވެސް އެއިލާހު ރުހިވޮޑިނުގަންނަވައެވެ.

    އާދުބާގައި މީހުން، އެބައިމީހުންގެ ބުއްދި ބޭނުންކޮށް އުޅެނީ ކެއިންބުއިމާއި، ކުޅިވަރުކުޅުމުގަޔާއި، ގެތައް ބިނާކުރުން ފަދަ ކަންތައްތަކުގައި އެކަންޏެވެ. އެބައިމީހުންގެ ބުއްދިތައް އެބައިމީހުން ހެއްދެވި އިލާހުގެ ދީނާމެދު ނުވިސްނުމުގެ ސަބަބުން އެބައިމީހުންގެ ވިސްނުންތައް ވަނީ ފަސާދަވެފައެވެ. އެބައިމީހުންގެ ތެރޭގައި ދުނިޔެވީ ކަންތައްތަކުގައި ވަރަށްވެސް ވިސްނުންތެރިން އުޅުނެވެ. ނަމަވެސް އެބައިމީހުން އަޅުކަން ކުރަމުން ދަނީ އެބައިމީހުންގެ އަތުން ހަދާފައިވާ ބުދުތަކަށެވެ. އެބައިމީހުންނަށް އަޅުކަން މިކުރެވެނީ އެއްވެސް ފައިދާއެއް އަދި ގެއްލުމެއް ނުދެވޭ ހިލަގަނޑަކަށް ކަމެއް އެބައިމީހުންނަކަށް ނުވިސްނެއެވެ.

    މިފަދަ ދަށު ދަރަޖައެއްގައި މިބައިމީހުންގެ ކަންތައްތައް ވަނިކޮށް، އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ރަސޫލަކު ފޮނުއްވެވުމަށް އިރާދަކުރެއްވީއެވެ. އަލަމްތަކުގެވެރި ރައްބު އެދިވޮޑިގެންވަނީ އެބައިމީހުންގެ ތެރެއިން، އެބައިމީހުން ވާހަކަ ދައްކާ އުޅޭ ބަސް ދެނެވަޑައިގަންނަވާ ބޭކަލަކު ފޮނުއްވެވުމަށެވެ.

    އެރަސޫލުބޭކަލަކީ ހޫދު އަލައިހިއްސަލާމެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ އާދުބާގައިގެ މީހުންގެ ތެރެއިންވާ ޝަރަފުވެރި އާއިލާއަކަށެވެ. އެކަލޭގެފާނު އުޅުއްވަމުން ގެންދެވީ ވިސްނުންތެރިކަމާއެކު ސޯލިޙު ދިރިއުޅުއްވުމެކެވެ.

    ހޫދުގެފާނުގެ ދަޢުވަތު

    އާދުބާގައި މީހުންނަށް ހިދާޔަތުގެ ތެދުމަގަށް ގޮވާލެއްވުމަށް ހޫދުގެފާނަށް އެންގެވިހިނދު، އެކަލޭގެފާނު، ގައުމުގެ މީހުންނަށް ހައްގުތެދު ދީނަށް ގޮވާލެއްވިއެވެ. އާލަމްތަކުގެ ވެރި ރައްބު ފިޔަވާ އެބައިމީހުން އަޅުކަންކުރަމުން ގެންދާ ބުދުތަކަށް އަޅުކަން ނުކުރުމަށް ނަސޭތްތެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އޭ ތިމަންގެ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން އާލަމުތަކުގެވެރި އިލާހަށް އަޅުކަންކުރާށެވެ. އެއިލާހު ފިޔަވާ އެހެން އިލާހެއް ތިޔަބައިމީހުނަކަށް ނުވެއެވެ."

    އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. " ތިޔަބައިމީހުން ތަގުވާވެރި ނުވަނީހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ތަގުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟ އަދި ތިޔަބައިމީހުން އެތަންތާނގައި މަރުނުވެ އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު އެއްވެސް ރަޙްމެއްނެތި ޖައްބާރުންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ. ފަހެ، ތިޔަބައިމީހުން ތަގުވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ދަންނަ ނިއުމަތްތަކުން ތިޔަބައިމީހުންނަށް މަދަދުދެއްވި އިލާހަށް ތަގުވެރިވާށެވެ! ނައަމްސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިއުމަތްދެއްވިއެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ އަޒާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ."

    އެވާހަކަ ގުރުއާނުގައި އަންނަނިވި ގޮތަށްވެސް ބަޔާން ކުރައްވާފައިވެއެވެ. "ތިޔަބައިމީހުންނަށް އިންޒާރު ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިއިލާހުގެ ހަޒުރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން ހައިރާންވީހެއްޔެވެ؟ އަދި ނޫހުގެފާނުގެ ގައުމަށްފަހުގައި، ހަލީފާއިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ ނިއުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."

    އަދިވެސް ވިދާޅުވިއެވެ. "އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތައުބާވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން ވާރޭ ވެއްސަވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!"

    ހޫދުގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް ދެންނެވި ޖަވާބު

    ހޫދުގެފާނު ގައުމުގެ މީހުން މަސްއޫލުވެގެން އުޅުނީ ކެއުމާއިބުއިމާއި ކުޅިވަރުކުޅުމުގައެވެ. އެބައިމީހުން ދުނިޔަވީ ވަގުތީ ހަޔާތަށް ލޯބިކޮށް، މިދުނިޔެ އާރާސްތުކުރުމުގައި އެންމެހާ ވަގުތުތަކެއް ހޭދަކުރަމުން ގެންދިޔައެވެ. މީސްތަކުން އެއްކުރެވި، އެބައިމީހުން ކޮށްފައިވާ އަމަލުތަކުގެ ހިސާބު ބެއްލެވޭނެ ދުވަހެއް ކުރިމަތީގައި އޮތްކަމެއް އެބައިމީހުން ގަބޫލެއް ނުކުރެއެވެ.

    ހޫދުގެފާނުގެ ބަސްފުޅުތަކުން އެބައިމީހުންގެ ހިތްތައް ނުތަނަވަސް ވަމުން ދިޔައެވެ. އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއުޅެއެވެ. “ހޫދު އެދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެކަލޭގެފާނު ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެމެންނަކަށް އެކަލޭގެފާނު އެދައްކަވާ ވާހަކަފުޅެއް އޮޅުމަކުން ނުފިލައެވެ.” އެއިގެ ތެރެއިން އެއްބަޔަކު ޖަވާބުދެއެވެ. “އެކަލޭގެފާނަކީ ތަނެއް ދޮރެއް ނުދަންނަ މޮޔައެކެވެ.”

    ހޫދުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަސޭހަތްތެރިވެ ވަޑައިގަތުމުގައި ސާބިތުވިއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިންވާ ބޮޑެތިމީހުން ބުންޏެވެ. "ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެ ތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ."

    ޖަވާބުގައި " އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، އާލަމްތަކުގެ ވެރި އިލާހުގެ ހަޒުރަތުން އައި ރަސޫލަކީމެވެ. އަހުރެންގެ ވެރި އިލާހުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ އަމާނާތްތެރި، ނަސޭތްތެރިޔަކީމެވެ."

    ހޫދުގެފާނުގެ ހިކުމަތްފުޅު

    ހޫދުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް ހިކުމަތްތެރިކަމާއި، މަޑުމައިތިރިކަމާއެކު ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ގެންދެވިއެވެ.

    ހޫދުގެފާނު ވިދާޅުވިއެވެ.

    • “އޭ ތިމަންކަލޭގެފާނު ގައުމުގެ މީސްތަކުންނޭވެ! އިއްޔެގައި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ އަހެކެވެ. އަދި އެކުވެރިއެއްވެސް މެއެވެ. ތިޔަބައިމީހުންނަށް އެކަން ނޭނގެނީ ހެއްޔެވެ؟"
    • "އޭ ތިމަންކަލޭގެފާނުގެ އަހުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނު ދެކެބިރުން ފިލަނީ ކީއްވެ ހެއްޔެވެ؟ ތިޔަބައިމީހުންގެ މުދަލުން އެއްވެސް އެއްޗެއް ތިމަންކަލޭގެފާނު ބޭނުމެއް ނޫނެވެ. “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟"
    • " އޭ ގައުމުގެ މީސްތަކުންނޭވެ! އާލަމްތަކުގެ ވެރި ރައްބަށް އީމާންވުމަށް ތިޔަބައިމީހުން ބިރުގަންނަނީ ކީއްވެ ހެއްޔެވެ؟ ތިޔަބައިމީހުން އީމާންވުމަކުން ތިޔަބައިމީހުންގެ މުދަލުން އެއްވެސް އެއްޗެއް އުނިނުވާ ހުއްޓެވެ. އެހެނެއްކަމަކު، އެއިރުން ތިޔަބައިމީހުންގެ ރިޒްގުގައި ބަރަކާތްލައްވައި، ތިޔަބައިމީހުންގެ ބާރު އިތުރުކޮށް ދެއްވާނެއެވެ."
    • " އޭ ޤައުމުގެ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ މިގޮވާލުމާމެދު ތިޔަބައިމީހުން ތިޔަ އަޖައިބުވަނީ ކީއްވެ ހެއްޔެވެ؟ އެކަލާނގެ ކޮންމެ މީހަކަށް ވަކިވަކިން ބަސްވަޙީ ނުކުރައްވާނެތެވެ. ކޮންމެ މީހަކަށް ވަކިވަކިން މިކަންކުރާށޭ، އެކަންނުކުރާށޭ ވަހީ ނުކުރައްވާނެތެވެ. އެހެނެއްކަމަކު، ކޮންމެ ގައުމެއްގެ ތެރެއިން، އެގައުމެއްގެ މީހުންނަށް ނަސޭހަތްދެއްވާނެ ބޭކަލަކު ފޮނުއްވައެވެ. ތިޔަބައިމީހުންނަށް ނަޞޭޙަތްދެއްވުމަށްޓަކައި އެކަލާނގެ ވަނީ ތިމަންކަލޭގެފާނު ފޮނުއްވާފައެވެ.
    • "ތިޔަބައިމީހުންނަށް އިންޒާރު ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރި އިލާހުގެ ހަޒުރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން އަޖައިބުވީ ހެއްޔެވެ؟"

    ހޫދުގެފާނުގެ އީމާންތެރިކަން

    އާދުބާގައިމީހުންނަށް ހޫދުގެފާނަށް ދެއްވާނެ ޖަވާބެއް ނޭނގުނެވެ. އަދި އެކަލޭގެފާނަށް ޖަވާބުދޭނީ ކޮންގޮތަކަށްކަމެއްވެސް އެބައިމީހުންނަކަށް ނޭނގުނެވެ. އެބައިމީހުންނަށް ދޭނެ އެއްވެސް ޖަވާބެއް ނޭނގުމުން ދެންނެވިއެވެ. "ތިމަންމެންގެ އިލާހުންތައް ކަލޭގެފާނަށް ކޯފާ ލެއްވުމުގެ ސަބަބުން ކަލޭގެފާނު މިހާރު ތިޔަވަނީ މޮޔަވެފައެވެ."

    ހޫދުގެފާނު ވިދާޅުވިއެވެ.

    • "ހަމަކަށަވަރުން މިބުދުތައް ހަދާފައިމިވަނީ ހިލައިންނެވެ. އެތަކެއްޗަށް އެއްވެސްމީހަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އަދި މިބުދުތަކަށް ވާހަކަދެއްކުމާއި، އަޑުތައް އެހުމާއި، ފެނުމުގެ ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. އަދި އެއްވެސް ހެޔޮކަމެއް އަދި ގެއްލުމެއްވެސް އެތަކެއްޗަށް މިލްކުވެގެންނެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް އަދި ފައިދާއެއް ދިނުމުގެ އެއްވެސް ކަމެއް އެތަކެއްޗަށް މިލްކުވެގެންނުވެއެވެ."
    • " އަދި ތިޔަބައިމީހުންނަކަށްވެސް އެއްވެސް ހެޔޮކަމެއް އަދި ގެއްލުމެއް މިލްކުވެގެންނުވެއެވެ. އަދި ތިޔަބައިމީހުންނަކަށް ތިމަންކަލޭގެފާނަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހުންތަކަށް ތިމަންކަލޭގެފާނު އީމާނެއް ނުވާނަމެވެ. އަދި އެއިލާހުންތައް ދެކެ ތިމަންކަލޭގެފާނު ބިރުފުޅެއްވެސް ނުގަނެއެވެ"
    • އަދިވެސް " އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝަރީކުކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް އާލަމުތަކުގެވެރި ރައްބު ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުން ހެކިވާށެވެ."
    • "އަދި ތިޔަބައިމީހުން ދެކެވެސް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަންނަމެވެ."
    • "ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް ގެއްލުން ދިނުމަށް ރާވާށެވެ." 
    • " ހަމަކަށަވަރުން ތިމަންކަލޭގެފާނާއި ތިޔަބައިމީހުންގެ ވެރި އިލާހަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ."

    މުޝްރިކުނަނަށް ރައްދުދެއްވާ ހޫދުގެފާނު ވިދާޅުވީ "ތިޔަބައިމީހުން އެނބުރި، ފުރަގަސްދޭނަމަ ދަންނާށެވެ. ތިޔަބައިމީހުންގެ ގާތަށް، އެކަމަކާއިގެން ތިމަންކަލޭގެފާނު ފޮނުއްވެވި ކަންތައް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވައިފީމެވެ. އަދި ތިމަންކަލޭގެފާނުގެ ވެރިއިލާހު، ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުން ނޫންބަޔަކު ގެންނަވާނެއެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަކަށް ގެއްލުމެއް ނުދެވޭހުށްޓެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިއިލާހީ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ އިލާހެވެ.”

    އާދުބާގައިގެ މީހުން ދެކޮޅުވެރިވުން

    ހޫދުގެފާނު ދެއްކެވި އެންމެހާ ވާހަކަފުޅުތަކެއް އާދުބާގައިގެ މީހުން އަޑުއެހިއެވެ. ނަމަވެސް އެކަލޭގެފާނަށް އީމާނެއްނުވިއެވެ. ހޫދުގެފާނުގެ ނަސޭހަތްޕުޅު ތަކުން އެބައިމީހުން ނަސޭހަތް ލިބިނުގަތެވެ. އެކަލޭގެފާނުގެ މަތިވެރި ހިކުމަތުންވެސް އެބައިމީހުންނަކަށް ފައިދާއެއްނުކުރިއެވެ.

    އަދި އެބައިމީހުން ދެންނެވިއެވެ. “އޭ ހޫދެވެ! ކަލޭގެފާނު ތިޔަ ގޮވާލައްވާ ކަންތަކަށް އެއްވެސް ދަލީލެއް އަދި ހެއްކެއް ނުދެއްކެވެއެވެ. ކަލޭގެފާނު އަލަށް ތިޔަ ވިދާޅުވާ ބަސްފުޅުތަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށެއްނުލާނަމެވެ. މީހަކު ހަމައެއްޗެކޭ ބުނާއިރަށް، ތިމަންމެންގެ ކާބަފައިން އަޅުކަން ކުރަމުން އައި އިލާހުންތައް ދޫކޮށްލަންވީ ހެއްޔެވެ؟

    އޭ ހޫދެވެ! ކަލޭގެފާނު ތިމަންމެންގެ އިލާހުންތަކަށް އީމާނެއްނުވަމެވެ. އަދި އެއިލާހުން ދެކެ ބިރުފުޅެއްވެސް ނުގަންނަމެވެ. އެހެންވީއިރު ތިމަންމެންވެސް ކަލޭގެފާނުގެ އިލާހަށް އީމާނެއް ނުވާނަމެވެ. އަދި ކަލޭގެފާނުގެ އިލާހުގެ އަޒާބަށްވެސް ބިރެއް ނުގަންނާނަމެވެ. ކަލޭގެފާނުގެ އިލާހުގެ އަޒާބުގެ ވާހަކަ ދައްކަވާތީ ވަރަށް ގިނައިން ތިމަންމެނަށް އަޑުއިވެއެވެ. އޭ ހޫދެވެ! އެ އަޒާބެއް ކޮބައި ހެއްޔެވެ؟ އެ އަޒާބު އަންނަނީ ކޮން އިރަކުން ހެއްޔެވެ؟ ތިމަންމެން މިހާރު މިއިންތިޒާރުކުރަނީ ތިޔަ އަޒާބެއް ބަލާލާ ހިތުންނެވެ.”

    ހޫދުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ނުވިސްނޭކަމާމެދު އަޖައިބުފުޅުވިއެވެ. އަދި އެބައިމީހުންގެ މޮޔަކަމާމެދު ދެރަފުޅުވެ ވަޑައިގެން ވިދާޅުވިއެވެ. " ދެނެވޮޑިގަތުންވާ ކަންކަށަވަރީ އާލަމުތަކުގެވެރި ރައްބުގެ ހަޒުރަތުގައެވެ. އަދި ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވި ކަންތައް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަނީއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނީ، ޖާހިލުބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ."

    އަޒާބު ފޮނުއްވުން

    އާދުބާގައިގެ މީހުން އުޅެމުން އައި ބިމަށް ވާރެ ނުވެހި ގިނަ ދުވަސް ތަކެއް ވާން ފަށައިފިއެވެ. ކޮންމެ ދުވަހަކުވެސް ވިއްސާރަ ވިލާގަނޑެއް އާދޭތޯ ބަލަބަލާ ތިބެއެވެ. ނަމަވެސް ވިއްސާރަ ވިލާގަނޑެއް ފެންނަ ގޮތެއް ނުވެއެވެ. އެބައިމީހުން ތިބީ ވާރެ ވެހޭނެ ވަގުތަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

    އެގޮތުން އެއްދުވަހަކު، އެބައިމީހުންނާ ދިމާލަށް ވަރަށްބޮޑު ވިއްސާރަ ވިލާގަނޑެއް އަންނަތަން ފެނިއްޖެއެވެ. އެކަމާ އެބައިމީހުން ވަރަށް އުފާވިއެވެ. އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އުފާވެރިކަމާއެކު ބުނަމުން ގެންދިޔައެވެ. "މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ. މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ."

    ނަމަވެސް ހޫދުގެފާނަށް އެނގިވަޑައިގެންނެވީ އެބައިމީހުން އެ އިންތިޒާރު ކުރަމުން އައި އަޒާބުގެ ވަގުތު އައިސް ޖެހިއްޖެކަމެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ. " މިއަންނަނީ ރަޙްމަތުގެ ވިލާގަނޑެއް ނޫނެވެ. އެހެނެއްކަމަކު އެއީ ގަދަފަދަ އަޒާބެއްވާ ވައިގެ ވިލާގަނޑެކެވެ."

    ކަންތައް ވެގެން ދިޔައީ ހޫދުގެފާނު ވިދާޅުވި ފަދައިންނެވެ. މީސްތަކުން ދުވަހަކުވެސް ދެކެފައިނުވާ، އަދި އެފަދަ ވައެއްގެ އަޑު އަހާފައިނުވާ ވަރުގަދަ ވައެއް ޖެހެން ފަށައިފިއެވެ. ވައިގެ ގަދަކަމުން ގަސްތައް ބިމުން ލުހި، ގެތައް ވެއްޓި، ނަޢަމްސޫފިތައް ވަޔާއެކު މާދުރަށް ގެންދަން ފަށައިފިއެވެ. ސަހަރާ ތެރޭގައިވާ ހިރަފުހުން މުޅި އުޑުމަތި ބަނަވެ، މުޅި ބިންމަތި އަނދިރިވެ އެއްވެސް ތަނެއް ނުފެންނަވަރު ވެއްޖެއެވެ.

    މިމަންޒަރުތައް ފެނުނު ހިނދު އެބައިމީހުން ބިރުވެރިކަމާއި ހާސްކަމާއެކު އެބައިމީހުންގެ ގެތަކަށްވަދެ ދޮރުތައް ތަންޑު އަޅުވައިފިއެވެ. މީސްތަކުން ރޮއެ ދުއާކުރަން ފަށައިފިއެވެ. ބިރުވެރިކަންވަނީ ފެތުރިފައެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ފިލަން ދާނެ ތަނެއް ނެތެވެ. އެބައިމީހުން ބިނާކުރި ވަރުގަދަ ގެތައް ވެއްޓެން ފަށައިފިއެވެ.

    މިވަރުގަދަ ވައި ހަތް ރެއާއި އަށް ދުވަހު މެދުކެޑުމެއްނެތި ޖެހުނެވެ. މިވައި މަޑުވިއިރު އާދުބާގައި މީހުންގެ ތެރެއިން ކާފަރުވީ އެންމެންވަނީ މަރުވެފައެވެ. ބިންމަތީގައިވަނީ މަރުވެފައިވާ ހަށިގަނޑުތަކެވެ. އެންމެހާ ގެތައްވަނީ ވެއްޓި ފުޑުފުޑުވެފައެވެ.

    ހޫދުގެފާނާއި އެކަލޭގެފަނަށް އީމާންވިމީހުން އެވަރުގަދަ ވައިން ސަލާމަތް ކުރެއްވިއެވެ. އާދުބާގައިމީހުން ކުފުރުވުމާއި، ނުކިޔަމަންތެރިކަމާއި ނުބައިކަމުގެ ސަބަބުން އެބައިމީހުން ހަލާކުކުރެއްވިއެވެ.

    މާތް ރަސްކަލާނގެ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. " އަދި އެއީ އާދުބާގައިމީހުންނެވެ. އެބައިމީހުންގެ ވެރިއިލާހުގެ އާޔަތްތަކަށް އެބައިމީހުން ދެކޮޅުހެދިއެވެ. އަދި އެކަލާނގެ ރަސޫލުންނަށް އެބައިމީހުން އުރެދުނެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރެއްގެ އަމުރަށް އެބައިމީހުން ތަބާވިއެވެ. މި ދުނިޔޭގައިވެސް، އަދި ގިޔާމަތް ދުވަހުންވެސް، އެބައިމީހުންނަށް ލައުނަތް ލެއްވިއެވެ. ދަންނާށެވެ! އާދުބާގައި މީހުން އެބައިމީހުންގެ ވެރި އިލާހަށް ކާފަރުވިއެވެ. ދަންނާށެވެ! އާދުބާގައި މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެއީ) ހޫދުގެފާނުގެ ގައުމުގެ މީހުންނެވެ." ހޫދުގެފާނަށާއި އެކަލޭގެފާނަށް ތަބާވީ މީހުންނަށް ސަލާމް ލައްވާށިއެވެ.

    ނޯޓް: މި ލިޔުމުގެ އަސްލަކަށް ބަލާފައިވަނީ އައްޝައިހު މުހައްމަދު ސިނާންގެ ލިޔުއްވުމެކެވެ.

    ]]>
    Tue, 19 Mar 2024 20:05:42 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: މަސާލާ ސައި https://heerasnews.com/2338 https://heerasnews.com/2338 ހީރަސް ސުފުރާ މިއަދު ހާއްސަ މިކޮށްލަނީ މަސާލާ ސަޔަށެވެ. މަސާލާ ސަޔަކީ ވަރަށް އަނގަޔަށް މީރު ވަރަށް ގިނަ މީހުނަށް ކަމުދާ ސައެކެވެ. 

    ބޭނުންވާނެ ތަކެތި:

    2 ޖޯޑު ފެން

    1 އިންޗި އިނގުރުކޮޅެއް

    4 އިންޗި ފޮނިތޮށިކޮޅެއް

    12 ކާފޫރުތޮޅި

    6 އަސޭމިރުސް ފުށް

    3 ކަރަންފޫ

    3 ސައިސަމުސާ ސައިފަތް

    1 ޖޯޑު ދިޔާކިރު

    ހަކުރު

    ތައްޔާރުކުރާނެ ގޮތް:

    • ފެނާއި އިނގުރާއި ފޮނިތޮށްޓާއި ކާފޫރުތޮޅިއާއި އަސޭމިރުހާއި ކަރަންފޫ ތެއްޔަކަށް އެޅުމަށްފަހު ބޮކިޖަހަންދެން ކައްކާށެވެ.
    • ދެން އެއަށްފަހު އުނދުނުގެ ގިނި ކުޑަކޮށް މަޑުކޮށްލާފައި 15 މިނެޓެއްހާއިރު ކެކިލަން ބަހައްޓާށެވެ.
    • ދެން އުނދުން މަތިން ތެލި ބާލާފައި ތެލީގެ ތެރެއަށް ސައިފަތްކޮޅު އަޅައި2 މިނިޓެއްހާއިރު ބަހައްޓާށެވެ.
    • އެއަށްފަހު ހަކުރާއި ކިރު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
    • އަނެއްކާވެސް ތެލީގައިހުރި ތަކެތި ކެކިގަންނަންދެން އުނދުން މައްޗަށްލާ ކައްކާލާށެވެ.
    ]]>
    Tue, 19 Mar 2024 15:44:20 +0500 ނިއުސް ޑެސްކް
    ގޯތީގެ ކަންކަން އޮޅުވާލަންޏާ ދާނީ އަތަށް ގޮވަމުން: އަކުރަމް https://heerasnews.com/2337 https://heerasnews.com/2337 ކަމަކާ ހަވާލުވާއިރު ކުރިން ތިބި ބަޔަކު ކަންކުރަން ނިންމާފައިވަނީ ކިހިނެތްތޯ ރަނގަޅަށް ބަލަންޖެހެއެވެ. ނެނގޭންޏާ ކަންކުރި ބަޔަކު ކުރެން އަހާ އޮޅުން ފިލުވަން ވެސް ޖެހެއެވެ. ހިނގަ ހިނގާ ހުންނަ ކަންކަން ނުކޮށް ހުއްޓާލުމުގެ ބަހަނާއަކަށް ކަންކަން ނުހަދާށެވެ. 

    ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ގޯތިދޭނޭ ސަރަހައްދު ކަނޑައެޅީ އެޗްޑީސީންނެވެ. އެޗްޑީސީން ތައްޔާރު ކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށެވެ. ގޯތިދޭނެ ބިންތައް އޭރުގެ ހައުސިން މިނިސްޓްރީން ފާހަގަކުރީ އާބަންކޯ (އެޗްޑީސީ)ގެ ޕްލޭނާއެއް ގޮތަށެވެ. ލޭންޑް ޔޫސް ޕްލޭނުގައި ގޯތިދެވޭ ގޮތަށް އޮތްކަމަށް ދައްކާ ބިމުގެއަޑީގައި ހޮޅިއާއި ކަރަންޓް ކޭބަލާއި އޮތިއްޔާ އޮންނާނެކަން ވެސް އެނގޭނީ އެޗްޑީސީއަށެވެ. 

    ގޯތިދޭ ސަރަހައްދެއްގެ ބިމުއަޑީގައި ހޮޅިތަކަކާއި ކޭބަލްތަކެއް އޮއްވާ އެ ތަކެތީގެ މަތިން ގޯތިދޭކަށް އެޗްޑީސީން އެއްބަހެއް ނުވާނެއެވެ. އެއްބަސްވަންޏާ ވެފައި އޮންނާނީ އެކަމަށް ހައްލެއް އޮވެގެންނެވެ. އަމިއްލަ މީހުނަށް ދޫކުރާ ގޯތިތަކެއްގެ ބިމުގެއަޑީގައި އާއްމު ފާހާނާ ހޮޅިތަކާއި ފެން ހޮޅިތަކާއި ކަރަންޓް ކޭބަލްތައް އޮންނަ ގޮތަކަށް އެއްވެސް ބަޔަކު އާއްމުންނަށް ގޯއްޗެއް ދުލެއް ނުކުރާނެއެވެ.

    އާއްމު ފާހާނާ ހޮޅިތަކާއި ފެން ހޮޅިތަކާއި ކަރަންޓް ކޭބަލް ބިމުއަޑީގައި އޮތް ސަރަހައްދަކުން ގޯތި ދެންންޏާ އެ ތަކެއްޗާ މެދު ކަންކުރާނެ ގޮތެއްވެސް ކަނޑައަޅާފައި އޮންނާނެއެވެ. ކޭބަލްތަކާއި ހޮޅިތައް ބަދަލުކުރާނެ ގޮތެއް ރާވަފައި އޮންނާނެއެވެ. އެތަކެއްޗާމެދު އަމަލު ކުރާނީ ކިހިނެތްކަން އޮންނާނީ ކުރިއާލާ ނިންމާފައެވެ. ކަން ކުރާން ތިބި މީހުން ބަދަލުވުމަކީ ކުރަން ހަމަޖެހިފައި އޮތް ގޮތަކަށް ކަމެއް ނުކުރާން އޮތް ހުއްޖަތެއް ނޫނެވެ.

    ބިންވެރިޔާ ސްކީމުން ގޯތި ދިނުމަށް މަގުމަތީން ޕްލޮޓްތަކެއް ކަނޑައެޅުނުކަމަށް ވާނަމަ އެކަން ކަނޑައެޅި ބަޔަކަށް އެކަމެއް ނޭގޭނެ ހެއްޔެވެ. މަގުމަތީން ގޯތިދޭންޏާ އަޑީގައި ފެނާއި ނަރުދަމާގެ ހޮޅިތަކާ ކަރަންޓް ކޭބަލް އޮންނާނެކަން ނޭނގޭނެހެއްޔެވެ. ލޭންޑް ޔޫސް ޕްލޭން އޮންނަނީ އެގޮތަށް ހެއްޔެވެ. ހޮޅިތަކާއި ކޭބަލާއި މަގުމަތިން ގޯތިދޭން ނިންމާފައިވާ ކަމަށް ބުނެ އައު ސަރުކާރުން އެ ދައްކަނީ ކަނޑައެލިގެން ދޮގުވާހަކައެކެވެ. ސަރުކާރުން އެވާހަކަ އެހެން ދެއްކުމުގެ ބޭނުމަކީ ކަނޑައެޅިފައިވާ ގޮތަށް ގޯތިތައް ދޫނުކޮށް ހިފެހެއްޓުމެވެ. 

    ކުރީ ސަރުކާރުން މާލޭ މީހުނަށް ހުޅުމާލޭން ދޭން ނިންމާފައިވާ ގޯތިތައް ދިނުމުގެ ނިޔަތް މިސަރުކާރުގައި އޮތްނަމަ ކުރިން އެކަން ކުރަން ނިންމާފައިވަނީ ކިހިނެތްތޯ ބަލާ އެގޮތަކަށް އެކަން ކުރާނެއެވެ. ކުރީގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގިނަ ބައެއްގެ ގޯތިތައް އެހެން ތާކަށް ބަދަލު ކޮށްލުމުގެ ބަހަނާގައި ބޮޑެތި ވާހަކަފަޅާ ރައްޔިތުންނަށް އޮޅުވާލަން ނުހަދާށެވެ.

    ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަކީ ކޮބައިކަން ބަލާކަށް ސަރުކާރުން ކޮންމެހެން އުޅޭނެ ކަމެއް ނެތެވެ. ރައްޔިތުންނަށް ވާދައްޗަކީ ކޮބައިކަން ވަރަށް ސާފެވެ. ރައްޔިތުންނަށް ވާދައްޗަކީ ކުރީ ސަރުކާރުން ކަނޑައެޅި ގޮތަށް ގޯތިތައް ހަވާލުނުކޮށް ލަސްކުރާ ލަސްކުރުމުގެ ދައްޗެވެ. އަކުރަމް ކަމާލުއްދީން ވިދާޅުވާހެން ކަންތައްތައް އޮޅުވާލަން އުޅުއްވަންޏާ ހަމަ ދާނީ އަތަށް ގޮވަމުން އަތަށް ގޮވަމުންނެވެ.

    ]]>
    Tue, 19 Mar 2024 15:07:04 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ކަށިކެޔޮ މިލްކްޝޭކް https://heerasnews.com/2336 https://heerasnews.com/2336 ހީރަސް ސުފުރާ ފަޅުފިލުވާލަން މިއުޅެނީ ކަށިކޭލުގެ ބާވަތަކުންނެވެ. މިފަހަރު ތައްޔާރުކޮށްލަން މިއުޅެނީ ކަށިކެޔޮ މިލްކް ޝޭކެވެ. އަޅެ ރަހަދެކެލަ ބަލާށެވެ.

    ބޭނުންވާނެ ތަކެތި:

    • 2 ޖޯޑުގެ ކަށިކެޔޮ (ތުނިކޮށް ކޮށާފައި)
    • ހަކުރު
    • 1/2 ޖޯޑުގެ ދިޔާކިރު
    • އައިސްކިއުބް
    • ވެނީލާ އައިސްކްރީމް

    ތައްޔާރުކުރާނެ ގޮތް:

    • ކަށިކެޔޮ ވައް ލިޔެލާށެވެ.
    • ފެންފޮދަކާއި ލިޔެފައިވާ ކަށިކެޔޮ ކޯލުތައް މިކްސަރަކަށް އަޅައި ރަނގަޅަށް ގިރާލާށެވެ.
    • އެއަށްފަހު ފުރޭނިއަކުން ފުރާނާ ލުމަށްފަހު ފުރޭނީގައި ހަރުލާފައިހުރި ބައި އުކާލާށެވެ.
    • ފުރާނާފައިހުރި ކަށިކެޔޮ ފަންޏާއި ހަކުރައި އައިސްކިއުބާއި ކިރާއި އައިސްކްރީމް މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
    ]]>
    Mon, 18 Mar 2024 18:20:18 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ ނަމޫނާ ޝަހުސިއްޔަތު އުރުދުގާނާއި ބަގާވާތް https://heerasnews.com/2335 https://heerasnews.com/2335 ބަގާވާތް ކުރުމުގެ ނަމުގައި ޑިމޮކްރެޓިކް ހަމަތަކާއި އިންސާނީ ކަރާމާތާ ދެކޮޅަށް 2016 ވަނަ އަހަރު ތުރުކީގައި އުރުދުގާން ސަރުކާރުން ހިންގާފައިވަނީ އާދައިގެ ކަމެއް ނޫނެވެ. 300 އަށް ވުރެ ގިނަ މީހުން މަރުވެގެން ދިޔަ ހަދިސާ އަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ބޭނުމުގައި ތުރުކީގެ ރައީސް އުރުދުގާން ރާވައިގެން ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާއެކެވެ.

    އިސްލާމް ދީނާއި ގައުމިއްޔަތުގެ ނަން ބޭނުންކޮށްގެން އުރުދުގާންގެ ވާދަވެރިން ފުހެލުމަށް ހިންގި އަނިޔާވެރި ޖަރީމާއެކެވެ. އުރުދުގާނުގެ އަނިޔާވެރި ކަމުގެ ސަބަބުން ހަމައެކަނި 300 މީހުން މަރުވީއެއް ނޫނެވެ. 2100 އަށްވުރެ ގިނަ މީހުން ބޮޑެތި ޒަހަމް ތަކުން ޒަހަމުވެ އެތައް ބަޔަކު ނުކުޅެދޭ ބަޔަކަށް ވެގެން ދިޔައެވެ. 

    ތުރުކީގެ ރައްޔިތުންގެ މަޖީހަށާއި ކޯޓްތަކަށާއި ދައުލަތުގެ އެތައް މުއައްސަސާއަކަށާއި އަމިއްލަ އެތައް އިމާރާތަކަށް ބޮންއެޅިއެވެ. ރިޔާސީ ގަޑުވަރަށްވެސް ބޮން އެޅުވިއެވެ. 

    ބަގާވާތް ކުރިކަމުގެ ތުހުމަތުގައި 40000 (ސާޅިސްހާސް) އަށްވުރެ ގިނަ މީހުން ހިފާ ހައްޔަރު ކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި 10000 (ދިހަހާސް) އަށްވުރެ ގިނަ ސިފައިން ހައްޔަރު ކޮށްލިއެވެ. އަނެއްކޮޅުން 2745 ފަނޑިޔާރުން ވެސް ހައްޔަރު ކުރިއެވެ. ގޮށްމުށުގެ ބާރުދެއް ކުމުގައި ފަނޑިޔާރެއް ސިފައިންގެ މީހެއް އުރުދުގާން ޕާލަމެންޓް މެންބަރެއް ނުބަލައެވެ. 

    ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކާ އުރުދުގާނު ކޮށްފައި ނުކުރާ އެއްކަމެއް ނެތެވެ. ބަގާވާތާ ގުޅުވައިގެން ތައުލީމީ ދައިރާއިން 15000 (ފަނަރަހާސް) މުއައްޒަފުން ސަސްޕެންޑް ކުރިއެވެ. ސިޔާސީ ގޮތުން އުރުދުގަނާއި އިދިކޮޅު ލީޑަރަށް ވަފާތެރި ބައެއް ކަމަށް ބުނެ 21000 (އެކާވީސް ހާސް) ޓީޗަރުންގެ ކިޔަވާ ދިނުމުގެ ހުއްދަ ބާތިލު ކުރިއެވެ. 

    ބަގާވާތް ކުރިކަމުގެ ތުހުމަތުގައި 40000 އަށްވުރެ ގިނަމީހުން ހިފާ ހައްޔަރުކުރި އިރު ބަގަވާތާ ގުޅުން ހުރި ކަމަށް ބުނެ 77000 (ހަތްދިހަހަތްހާސް) މީހުން ބަންދު ކޮށްފައިވެއެވެ. އަނެއްކޮޅުން 160000 (އެއްލައްކަ ފަސްދޮޅަސް ހާސް ) މީހުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެތައް ހާސް ބަޔަކަށް ބޭރު ގައުމުތަކުން ހިމާޔަތް ހޯދަން ޖެހުނެވެ. ވެރިކަމާ އާރާ ބާރަށްޓަކާ އަމިއްލަ ރައްޔިތުންނަށް ރަހުމެއް ކުލުނެއް އުރުދުގާނުގެ ނެތެވެ.  

    ހުދުމުހުތާރުކަމާއި ޖައްބަރުކަން ދެއްކުމުގައި އުރުދުގާން އދ މަޖިލީހަކަށް އީޔޫއަކަށް ޑިމޮކްރަސީއަކަށް އިސްލާމީ އަހުވަންތަކާއި އިންސާނީ ކަރާމާތަކަށް ނުބަލައެވެ. ހެޔޮބަހެއް ބުނާ ކޮންމެ ބަޔަކީ އުރުދުގާނާ ސިޔާސީ ގޮތުން ދެކޮޅު ވާދަވެރި ފަތުހުއްލާ ގްލެންއަށް ވާގިދޭ ބަޔެއްކަމަށް ބުނެ ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލުކުރާ މީހަކަށް އުރުދުގާން ނުވިއެވެ. 

    އުރުދުގާންގެ ހުދުމުހުތާރުމަން ނަގަހައްޓާ ދެމެހެއްޓުމަށްޓަކާ ހެދިގެން އުޅެނީ މާވަރުގަދަ އިސްލާމީ ލީޑަރަކަށެވެ. ދުނިޔޭގައި ތިބު އެހެން އިސްލާމީ ވެރިންނަށް ބަދުބަސް ބުނުމާއި ދީނުގެ ނަމުގައި ގަދަ ބަސް ބުނުން ނޫން ކަމެއް އުރުދުގާން ނުކުރެއެވެ. ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ގަތުލުއާއްމާ ގުޅިގެން ދުނިޔޭގެ އިސްލާމީ ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ކަންކަން ނުކުރާތީ އެގައުމުތައް ކުއްވެރިކުރުން ފިޔާވާ އުރުދުގާން ފަލަސްތީނަށްޓަކާ ކުރާ އެއްވެސް ކަމެއް ނެތެވެ. ފަލަސްތީނުގެ މައްސަލާގައި އެހެން އިސްލާމީ ވެރިންނެކޭ އުރުދުގާނެކޭ އެއްވެސް ތަފާތެއް ނެތެވެ. 

    އުރުދުގާނަކީ އިސްލާމީ މާވަރުގަދަ ލީޑަރެއް ކަމަށް ބަލައިގަނެގެން އުޅެން ހެޔޮވާވަރުގެ މީހެއް ނޫނެވެ. އިންސާނީ ކަރާމާތާއި އިސްލާމީ އަހުވަންތަކަމާއި ޑިމޮކްރަސީއަކީ އުރުދުގާނުގެ ކުރިމަތީގައި އަގެއްހުރި ކަންކަމެއް ނޫނެވެ. އުރުދުގާނުގެ އަމާޒަކީ ތުރުކީގެ ވެރިކަމުގައި ދުނިޔެ އުމުރު ހުރުމެވެ. ރައްޔިތުންގެ މައްޗަށް ގޮށްމުށުގެ ބަރު ހިންގުމެވެ. ވާދަވެރި ސިޔާސީ ވެރިންނާއި ވާދަވެރި ފިކުރު ނައްތާލުމެވެ. އުރުދުގާނު ދާމަގުން ދާން މަސައްކަތް ކުރާ ކޮންމެ ވެރިއަކު ވެގެންދާނީ ގޮށްމުށުން ވެރިކަންކުރާ ޑިކްޓޭޓަރަކަށެވެ. ޑރ. މުއިއްޒު އަމާޒު ހިފާފައި އެހުރީ އުރުދުގާނާ އެއް މަގުން ދާށެވެ. ޑިކްޓޭޓަރަކަށްވެ އުމުރު ހުސްވަންދެން ވެރިކަމުގައި ހުންނާށެވެ.   

    ]]>
    Mon, 18 Mar 2024 16:48:05 +0500 ނިއުސް ޑެސްކް
    އުރުދުގާނު ހެދިގެން ވާދަވެރިންނާ ނުރުހޭ ސިފައިންނަށް ޖަލުގޮޅި! https://heerasnews.com/2334 https://heerasnews.com/2334 ރާއްޖެ މިޖެހެލީ ހާދަކުރިއަކަށެވެ. ފާއިތުވެ ދިޔަ ހުކުރު ދުވަހުގެ ރޭ އެމެރިކާއާއި ރަޝިޔާ ވެސް ސިއްސުވާލައިފިއެވެ. ދުނިޔޭގެ ވައިގެ ބާރަކަށް ރާއްޖެ ބަދަލު ކޮށްލީއެވެ. މިހާރަކު ދެން ރާއްޖެއާ ސަމާސާއެއް ނުކުރެވޭނެއެވެ. 

    ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެގެން މަސް އޮޑި ފަހަރަކަށް އިންޑިއާ ސިފައިންނަކަށް ދެނެއް ނޭރޭނެއެވެ. ކަނޑުކަހާ ބޯޓު ފަހަރަކަށް ރާއްޖޭގެ ސަރަހައްދުގައި ދައުއަޅައިގެން މަހެއް ދެން ނުނެގޭނެއެވެ. ލަންކާ އިންޑިއާގެ މަސްވެރިންނަށް ރިފި ރާގޮނޑިއެއްހާ މިންވަރުވެސް ރާއްޖޭގެ ސަރަހައްދަކުން ދެން ނުގެންދެވޭނެއެވެ. ކަނޑުފޭރޭ ބަޔަކަށް ރާއްޖެއާ ކުޑަބޭރުވެސް ނޭރޭނެއެވެ. ވަގު ހަތިޔާރާއި ތެލުގެ ވައްކަން ކުރާކަށް ރާއްޖޭގެ ކަނޑުގެ ތެރޭގައި ދެން ލާހިކެއް ނޫނެވެ. މަސްތުވާ ތަކެތި އެތެރެވުމާ ބޭރުވުން އެކީއެކައްޗަކަށް ބަންދުވީއެވެ. 

    2000 އަހަރަށް ވުރެ ގިނަ ދުވަސްވީ ދިވެހި ރާއްޖެ ދިވެހިންގެ ރާއްޖެއަކަށް މިވީ އަދިކިރިޔާއެވެ. ސިޔާދަތުގެ ރަތް ރޮނގު ކަނޑު އަޑިން ފެށިގެން ހަތްއުޑުގެ މައްޗަށް ދާންދެން ވަށައިގެން ދަމާ ލެވުނީ އަދިކިރިޔާއެވެ. ތުރުކީން ގެނައި ބޭރަކްތާރު ދެ ޑްރޯނުން ދުނިޔެ ސިއްސުވާލާވަރުގެ ވައިގެ ފައުޖެއް ރާއްޖޭގައި އުފެދުނީއެވެ. 

    އިންޑިއާ އަކަށް ދެން ވައްވަކެއް ނުޖެއްސޭނެއެވެ. ރާއްޖޭގެ ކުރި މަތީގައި ޖެހޭނީ ސައިޒުވާށެވެ. ރާއްޖޭގައި މިހާރު ހުރިއްޔަކީ ތަސައްވުރެއް އަމާޒެއް ނެތް ވެރިއެއް ނޫނެވެ. ކަންކަން ކުރެވޭނީ ވިސްނުމެއް ހުރެގެންނެވެ. އިންޑިއާ ސިފައިން ބާލާ ނިމިއްޖެއެވެ. ދިވެހިންގެރާއްޖޭގައި އަންޑަވޯޓަރ ޓަނަލެއް ކަނޑު އަޑީގައި އަޅާ ނިންމާލިތާ މަހެއް އަދި ނުވެއެވެ. ދެ ޑްރޯނުން ދުނިޔެ ސިހޭވަރުގެ ވަރުގަދަ އެއަރފޯހެއް އުފެއްދުނީއެވެ. ސެޓެލައިޓާއި ނިއުކުލިއަރ ހަކަތަ އުފައްދަންވެސް ލަހެއްނުވެ ދިވެހިންގެ ރާއްޖޭން ފަށާނެއެވެ.

    ސަހަރޯއެވެ. ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ. ދިވެހީންގެ ރައީސް އުރުދުގާނު ހެދިގެން ކުރަން މިއުޅެނިއްޔަކީ ސަހަލު ކަމެއް ނޫނެވެ. ސިފައިން ހައްދައިގެން ސިފައިން ބާރުވެރިވެރިކުރާ ކަމަށް ދައްކައިގެން ކުރަން އެއުޅެނިއްޔަކީ ސަމާސާ ކަމެއް ނޫނެވެ. އުރުދުގާނު ދިޔަމަގުން ގޮސް ގައުމު ކިހިލި ޖަހާލަން މުއިއްޒު ކުރާ މަސައްކަތާ މެދު ފިސާރި ރަނގަޅަށް ލޯހުޅުވައިގެން ފަރުވާތެރި ވާން ޖެހެއެވެ. 

    2016 ވަނަ އަހަރު ހަނދާނަށް ގެންނާށެވެ. ބަގާވާތެއް ކުރިކަމުގެ ތުހުމަތުގައި ސިފައިންނެރެ އެތައް ހާސް ބަޔަކު ތުރުކީން މަރާލީ ކާކު ކީއްވެގެންކަން އޮޅިފައެއް ނުއޮންނާނެއެވެ. ސިފައިންގެ އެތައް ޖެނެރަލުންނާއި އިލްމުވެރިންނާ ސިޔާސީ ލީޑަރުންނާއި އާއްމުންގެ އެތައް ބަޔަކު ތާޅާ ރޯނާގަންނަވާލި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ތުރުކީގެ އެތައް ހާސްބަޔަކު ގައުމު ދޫކޮށް ދާން ޖެހުނީ ކާކު ބާރާއާރު ހޯދަން ވެގެންކަން އެނގޭ ނޫން ހެއްޔެވެ.

    ޑރ. މުއިއްޒުގެ ނަމޫނާ ލީޑަރަކީ އުރުދުގާނެވެ. މުއިއްޒުގެ ހުރިހާ ކަމެއް ބައްޓަންކޮށް ތަރުތީބު ކުރަމުން އެގެންދަނީ އުރުދުގާނު ދިޔަމަގުން ދިޔުމަށެވެ. ދިވެހިރާއްޖެ ކިހިލި ޖަހާލުމަށެވެ. ދެވަނަ އުރުދުގާނަށް ވުމަށެވެ. ސިފައިން ހައްދައިގެން އެވަރެއް ނެތްކަމަށް ދައްކައިގެން ކުރަން އެއުޅެނީ އެކަމެވެ. ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ނަތީޖާ އަންނަ ގޮތަކުން މުއިއްޒުގެ ހަގީގީ ސިފަ ފާޅުވާނެއެވެ.   

    ]]>
    Sun, 17 Mar 2024 20:21:16 +0500 ނިއުސް ޑެސްކް
    ފަގީރުން ފިތުރު ޒަކާތް ދައްކަންޖެހޭތަ! https://heerasnews.com/2333 https://heerasnews.com/2333 ފިތުރު ޒަކާތުގެ ހުކުމް:

    ފަގީރު ވުމަކުން މުއްސަނދި ވުމަކުން ފިތުރު ޒަކާތުގެ ވާޖިބުކަން އެއްވެސް މުސްލިމެއްގެ ކިބައިން ކެނޑިގެނެއް ނުދެއެވެ. އީދު ދުވަހަށް އިރު އެރުމުގެކުރިން އުފަންވާ ތުއްތުކުއްޖާގެ ފަރާތުންވެސް ފިތުރު ޒަކާތް ނެރެން ޖެހެއެވެ. މުސްލިމުންގެ ތެރެއިން ބޮޑެތިމީހުންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނާއި މިނިވަނުންނާއި އަޅުންގެ މައްޗަށް ފިތުރު ޒަކާތް ވާޖިބެކެވެ. މުސްލިމުންގެ ތެރެއިން އަޅުންނާއި މިނިވަނުންނާއި ފިރިހެންނާއި އަންހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންގެ މައްޗަށް، ކަދުރުން ސޯއެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާރލީ) ސޯއެއްގެ މިންވަރު، ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް، ރަސޫލާ އަމުރު ކުރެއްވިއެވެ. 

    ހިކުމަތް:

    * މިކަމުގައި ފަގީރުންނަށް އިހުސާންތެރިވުން ހިމެނެއެވެ. އަދި އީދު ދުވަހުގައި ސަލާމް ޖެހުމުން ދުރުހެލިވުމަށް މިކަމުން މަގުފަހިވެގެންދެއެވެ. އަދި މުއްސަނދިންނެކޭ އެއްފަދައިން ފަގީރުން ވެސް އެ ދުވަހުގައި އުފަލުގައި ބައިވެރިވެ، އެންމެންގެ އީދަކަށް އެ ދުވަސް ވެގެން ދެއެވެ.

    * ދީލަތިކަމުގެ ސިފައިންނާއި ހެޔޮ ފޯރުކުރުމުގެ ސިފައިން، ސިފަ ލިބިގަތުން މިކަމުގައިވެއެވެ.

    * ރޯދަވެރިޔާގެ ރޯދައިގައި މެދުވެރިވެފައިވާ އުނިކަމާއި ފާފަތަކާ އަދި ބޭކާރު ވާހަކަތަކަށް ހުރި ތާހިރުކަމަކަށް ވެގެންދެއެވެ.

    * ރަމަޒާން މަސް ފުރިހަމަކޮށްދެއްވިކަމަށްޓަކައި މާތް ރައްބަށް  ޝުކުރުވެރިވުން މިކަމުގައި ހިމެނެއެވެ. އެއީ އެމަހުގައި ރޯދަހިފުމާއި ރޭ އަޅުކަން ކުރުމާއި ހެޔޮ އަމަލުތައް ކުރުމުގެ ތައުފީގު ދެއްވިކަމަށްޓަކައެވެ.

    ޒަކާތަށް ނެރެންޖެހޭ ބާވަތްތައް:

    އާދަމުގެ ދަރިން ކެއުމުގެ ގޮތުގައި ބޭނުންކުރާ ތަކެތިން ނެރެވިދާނެއެވެ. ކަދުރާއި ރަނގަޅު ގޮދަނާއި ހަނޑުލާއި ހިކިމޭބިސްކަދުރާއި އަގިއްތު( ކިރު ހިއްކައިގެން އަރަބި ގައުމުތަކުގައި ހަދާ ކާ އެއްޗެއް) އަދިވެސް އެ ނޫންވެސް ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ހިމެނެއެވެ. ފިތުރު ޒަކާތުގެ ގޮތުގައި އެ ގައުމެއްގައި އާންމު ކާނާގެ ގޮތުގައި ބޭނުން ކުރާ، ގިނަދުވަހަށް ރައްކާކުރެވޭ ބާވަތްތަކުން ނެރެވިދާނެއެވެ.

    ކަދުރުން ސޯއެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާރލީއިން) ސޯއެއްގެ މިންވަރު، ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް ރަސޫލާ އިރުޝާދު ދެއްވާފައިވެއެވެ. ރަސޫލާގެ ޒަމާނުގައި އަރަބިންގެ މައިގަނޑު ކެއުމަކީ ކަދުރާއި ހިމަ ގޮދަނެވެ. 

    ނެރެންޖެހޭ މިންވަރު:

    * އެއީ ނަބަވީ ސޯއެއްގެ މިންވަރަށެވެ. މިސްގާލުން ބަލާއިރު އެއީ 480 މިސްގާލެވެ. އަދި ކިލޯއިން އެއީ 2.040 ކިލޯއެވެ. ރާއްޖޭގައި ބަލާ ރަސްމީ މިންގަޑަކީ 2.4 ކިލޯ ގްރާމެވެ. 

    ނެރެން ޖެހޭ ވަގުތު:

    * މޮޅުއިތުރު ވަގުތު:

    އީދު ނަމާދުގެ ކުރިން، އީދު ދުވަހުގެ ހެނދުނު ވަގުތެވެ. ކީރިތި ނަބިއްޔާގެ ދުވަސްވަރު، އީދު ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ކާބޯތަކެތީގެ ސޯއެއްގެ މިންވަރު ތިމަން ބޭކަލުން ނެރުއްވަމޭ ސައީދުލްހުދުރީ ރިވާކުރެއްވި ހަދީސްފުޅެއްގައި ވެއެވެ.

    * ހުއްދަ ވަގުތު:

    އީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ފިތުރު ޒަކާތް ނެރުން ހުއްދައެވެ. ނާފިއުގެ އަރިހުން ރިވާވެގެންވާ ހަދީސެއްގެ މަނާގައިވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުންވެސް އިބްނު އުމަރު ފިތުރު ޒަކާތް ދެއްވައެވެ. އަދި ތިމަންގެ ދަރިންގެ ފަރާތުން ވެސް އެ ކަލޭގެފާނު ފިތުރު ޒަކާތް ދެއްވައެވެ. އަދި އެ ގަބޫލުކުރާ (ފަގީރުންނަށް) އެ ދެއްވައެވެ. އަދި ފިތުރު ދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ޒަކާތް ނެރުއްވައެވެ.

    ނެރެން ޖެހޭ ތަން:

    ޒަކާތް ނެރޭނީ، ޒަކާތް ނެރެންޖެހޭ ވަގުތު އެމީހަކު ހުރި ތަނެއްގައެވެ. އެއީ އެމީހާ ދާއިމަށް އުޅޭ ރަށްކަމުގައިވިޔަސް ނުވަތަ ވަގުތީ ގޮތުން އުޅޭ ތަންކަމުގައިވިޔަސް މެއެވެ. ދިރިއުޅޭ ތަނުގައި ފަގީރުންގެ ހާޖަތް ބޮޑުވެފައިވާ ނަމަވެސް ފިތުރު ޒަކާތް ނެރެނީ ހުރި ތަނެއްގައެވެ. ފަހެ ޒަކާތް ގަބޫލު ކުރާނޭ މީހުން ނޫޅޭ ރަށެއްގައި ނަމަ ނުވަތަ އެ ރަށުގައި ޒަކާތް ހައްގުވާ މީހުން އޭނާއަށް ނޭނގޭނަމަ، ޒަކާތް ހައްގުވާ މީހުން ތިބި ރަށެއްގައި ޒަކާތް ނެރުމަށް މީހަކާ ހަވާލުކުރާނީއެވެ.

    ]]>
    Sun, 17 Mar 2024 17:47:31 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ކަދުރުޕާން https://heerasnews.com/2331 https://heerasnews.com/2331

    ހީރަސް ސުފުރާ މިފަހަރު ހާއްސަކޮށްލާނީ ކަދުރުޕާނަށެވެ. ކަދުރުޕާނަކީ ވެސް އަގަޔަށް މީރު ފައިދާ ހުރި ކާނާއެކެވެ.

    ބޭނުންވާ ތަކެތި:

    • ޖޯޑް ކަދުރު
    • 2 ބިސް
    • 1/2 ސައިސަމުސާ ބޭކިންގް ސޮޑާ
    • 1/2 ސައިސަމުސާ ވެނީލާ އެސެންސް
    • 3 ސަމުސާ ބަޓަރު
    • 3 ސަމުސާ ބްރައުން ޝުގަރ
    • 1 ޖޯޑު ފުށް
    • 1 ޖޯޑު ހޫނުފެން

    ތައްޔާރު ކުރާނެގޮތް:

    • ބޯތައްޓެއްގެ ތެރޭގައި ފެނާއި، ކަދުރާއި ބޭކިންގް ސޮޑާ އެއްކުރުމަށްފަހު 30 މިނެޓް ވަންދެން ބަހައްޓާލާށެވެ.
    • ކަދުރު ތަކުގެ އޮށްތައް ނެގުމަށްފަހު އަތުން ނުވަތަ ސަމްސަލަކުން ރަނގަޅަށް ޕޭސްޓް ގަނޑަކަށް ވަންދެން ކަދުރުތައް ޗަސްކޮށްލާށެވެ.
    • އެއަށްފަހު ހަކުރާއި ބަޓަރު މިކްސް ކޮށްލާށެވެ.
    • މިކްސް ވުމުން އެއަށް ބިހާއި، ފުށާއި، ވެނީލާ އެސެންސް އަދި ޗަސްކުރި ކަދުރުކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

    ބުނެވި ދިޔަގޮތަށް ތައްޔާރުވުމުން ޓްރޭއަކަށް ފުށްގަނޑު ލާށެވެ. ޓްރޭ ހުންނަންވާނީ ފުށްގަނޑު ތަތްނުލަވާގޮތަށް ބޭކިން ޕޭޕާ އަޅާފައެވެ. 200 ޑިގްރީގައި 30-25 މިނެޓް ވަންދެން ފިހެލާށެވެ.

    ]]>
    Sat, 16 Mar 2024 17:59:57 +0500 ނިއުސް ޑެސްކް
    ހުރިހާ ޝައިތާނުން މުއިއްޒުގެ ވެރިކަމާއެކު އިސްލާންވީތަ! https://heerasnews.com/2329 https://heerasnews.com/2329 މިސްކިތްތަކުން ބޭރަށް ނަމާދުކުރުމާއި ގުރުއާން ކިޔެވުމުގެ އަޑު އިވޭއިވުން ކަނޑުވާލުމަކީ ލާދީނީ ކަމެއް ކަމަށް އެމްޑީޕީ ވެރިކަމުގައި ބަޔަކު ވަރަށް ބާރަށް ގޮވިއެވެ. ނަމާދާއި ގުރުއާނުގެ އަޑުދެކެ ބިރުން ޝައިތާނުން އުޅޭނެކަމަށް ދީންވެރިކަން ދައްކައިގެން އުޅުނު ބަޔަކު އޭރު ކެނޑިނޭޅި ކިޔަމުން އައެވެ. ސަލަފުގެ ގިނަ ޝޭހުންނާއި އަލީ ރަމީޒާއި އެނޫންވެސް އެތައްބަޔަކު އޭރު ކިޔަމުން ދިޔައީ އެހެންނެވެ.

    ޑރ. މުއިއްޒު ވެރިކަމަށް އައީ ދީން ނަގާ ބޮލަށް ލައިގެން ދީން ވިއްކަމުންނެވެ. މުއިއްޒާ އަތުގުޅާލާފައި އޮތީ ސަލަފުންނެވެ. އަރަބިން ކައިގެން ތިބިއްޔާ ތިބޭނީ ކައިގެން ކަމަށް ބުނަމުން ދީން ކޮނޑަށްލައިގެން އުޅޭ ޝަހީމްވެސް ހީވަނީ އިސްލާމް ދީން އަލަށް ރާއްޖެއަށް ގެނެވިގެން އުޅޭހެންނެވެ. 

    މި ކަލޭގެ ޑރ. ވަހީދުގެ ވެރިކަމުގައި ރާއްޖޭގައި އިސްލާމިކް މިނިސްޓަރކަން ކުރިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ބައެއްގައިވެސް ޝަހީމް އިސްލަމިކް މިނިސްޓަރުކަން ކުރިއެވެ. ރައީސް ޔާމީނު ނެތް ވެރިކަމަކީ ވެރިކަމެއް ނޫން ކަމަށް ބުނެ ރައީސް ޔާމީނުވަރުގެ ދީނަށް ނަސްރުދޭ ވެރިއަކު ނުފެންނާނެ ކަމަށް އަޑަށް ބާރުލާ ގޮވީ އެ ޝަހީމެވެ. ޑރ. މުއިއްޒާ ޖެހުމުން ޝަހީމަށް ދީނަކީ މުއިއްޒޭ ހީވާ ކަހަލައެވެ.  

    އިސްލާމީކަންތަކާ ބެހެން ޑރ. މުއިއްޒު ޝަހީމާ ހަވާލު ކުރުމުން ހީވީ ރާއްޖެއަށް އިސްލާމް ދީން އައީ 17 ނޮވެންބަރ 2023 ގައި ހެންނެވެ. ވަލު ދޮރާށިން ވަދެގެންވެސް ރުހުނަސް ނުރުހުނަސް ވަޒީރުކަން ކުރެވެނިކޮށް ޝަހީމަށް ނިމުނީއެވެ. އެފާޑަށް ބައިވަޒީރެއްގެ ގޮތުގައި ދައުލަތުގެ ހަޒާނާއަށް އަތް ދަރާލައިގެން ހުންނަން ޝަހީމަށް ބާރުލިބެނީ އިސްލާމް ދީނުގެ ކޮން ނައްސަކުކަން އެނގޭ މީހަކު އުޑުބަޅު ކުރެއްވި ހިސާބުގައި އުޅެއެކޭ ހިޔެއްނުވެއެވެ. 

    ހަރާން ވަޒީރު ކަމެއްގައި ހުރެގެން އަންދުހު އާދަމަގުން ކުރަމުންއައި އެތައް ކަމެއް ބަދަލުކޮށް ނުލެވުނިއްޔާ މޮޅުކަމެއް ނުއޮންނާނެތާއެވެ. މަ މޮޅު ހެދިގެން ފަހަރަކު ކަމެއް އައުގޮތަކަށް ބަދަލު ކުރަން އުޅެގަންނާނީ އެހެން ވެގެންނެވެ. އީދު ނަމާދު ކުރާ ގަޑިއެއްވެސް ޝަހީމަކަށް ކަމަކު ނުދެއެވެ. ހުކުރު ކުރާ ގަޑިއެއް ހުކުރު ކުރާ މީހުނަށް ޝަހީމަކަށް ކަމަކު ނުދެއެވެ. ވަލުބުޑު ނުކެޑުނަސް ބަޔަކު ލައްވާ ހަތީބުކަން ކުރުވެނިކޮށް ޝަހީމަށް ނިމުނީއެވެ. ޝަހީމް ކިހާ މޮޅެއް ހެއްޔެވެ.  

    ޝައިތާނުން ބިރުގަންނަވަން މިސްކިތު ތާޅަފިލިތަކުން އިއްވި ނަމާދާއި ގުރުއާނުގެ އަޑުވެސް ކަނޑާލަން ވީއެވެ. ގުރުއާނާއި ނަމާދުގެ އަޑު ކަނޑުވާލަނީ ހުރިހާ ޝައިތާނުން ގަތް ބިރު ކެނޑުނީތާއެވެ. ހުރިހާ ޝައިތާނުން މުއިއްޒުގެ ވެރިކަމާއެކު އިސްލާމް ވީނޫން ބާވައެވެ. އެނގޭ ކަމަކީ މިސްކިތްތަކުން ނަމާދާއި ގުރުއާނުގެ އަޑު ބޭރަށް އިއްވުން ހުއްޓާލަފާނެތީ ކަންބޮޑުވެގެން އުޅުނު ދީނީ ބައިގަނޑަށް މިހާރަކު އެއްޔަކީ ލާދީނީ ކަމަކަށް ނުވެއެވެ. އިސްލާމީ ކަންތަކާބެހޭ ވަޒީރަށް ވެސް އެންމެ ރަނގަޅު ގޮތަކީ މިސްކިތުން ބޭރަށް ނަމާދާއި ގުރުއާނުގެ އަޑު ކަނޑުވާލުން ކަމަށް މިހާރު ވެއްޖެއެވެ.  

    ]]>
    Fri, 15 Mar 2024 20:43:07 +0500 ނިއުސް ޑެސްކް
    ގޯތިތަކާ ފްލެޓްތައް ނުދެންޏާ ވެރިކަން ހަނދާން ނައްތާލާ! https://heerasnews.com/2328 https://heerasnews.com/2328 ކުރީ ސަރުކާރު ތަކުގެ ވެރިކަމުގައި ކޮށްފައިހުރި ހުރިހާ ކަމެއް ކޮށްފައިވަނީ ސައްހަކޮށްތޯ ބެލުމަކީ އައު ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށްވިއްޔާ ބަލާނެ ލައްކަ ކަންކަން ހުންނާނެއެވެ.

    ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމަށް ދެފަރާތުންމެ އިހުތިރާމް ކުރަން ޖެހޭނެއެވެ. އެއްބަސްވުމުގައިވާ ހައްގުތަކާ ވާޖިބުތައް ދެފަރާތުންމެ އަދާކުރަން ޖެހޭނެއެވެ. އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ވާނަމަ އެކަމެއް ހުއްޓުވުމުގެ ބާރު އޮތުމަކީ އާއްމުވެގެންވާ އަސާސީ ހައްގެއް ލިބުމަށް ހުރަސް އެޅުމަށް ދޭ ތަޅުދަނޑިއެއް ނޫނެވެ.

    ފަރުދުންގެ ޒާތާގުޅޭ ގޮތުން ކުރިން ނިންމާފައި ހުންނަ ކަންކަން ކޮމެޓީ ހަދައިގެން ބަލާ ބަދަލު ކުރުމުގެެ ހައްގެއް ސަރުކާރަކަށް ނުއޮންނާނެއެވެ. ސަރުކާރަށް އެހައްގު ލިބިގެންވާނަމަ ކުރިން ނިންމާފައިވާ ލައްކަ ކަންކަން ބަލާ ބަދަލު ކުރަންޖެހޭނެއެވެ. މީހަކު ޝަކުވާއެއް ކޮށްލާއިރަށް ދައުލަތުން އެކަމަކާ ގުޅޭ ހުރިހާކަމެއް އެކޮޅުކޮޅުން ޖަހަން ޖެހެންޏާ ހަމައެކަނި ބަލާ އެކޮޅުކޮޅުން ޖަހަންވީ މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކާ ފްލެޓް ތަކުގެ މައްސަލައެއް ނޫނެވެ. 

    ކުރީގެ ވެރިކަންތަކުން ބޮޑެތި އެގްރިމެންޓްތައް ހަދާ ފަޅުތަކާ ގިރިތަކާ ރަށްތަކާ މީސް މީހުނަށް ލީސްކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކޮރަޕްޝަން ހިމެެނޭހެން އެތައް ކަމެއް ކުރެވިފައި ހުރިކަން އެނގެއެވެ. ސާބިތުވެފައި ވެސް އެބަހުއްޓެވެ. އެހެނެކޭ ކިޔާ ކުރެވިފައިވާ ލީސް އެގްރިމަންޓްތައް ބާތިލެއް ނުވެއެވެ.  

    ކުރީގެ ސަރުކާރުތަކުން ވަޒީފާ ދިނުމުގައާއި ވަޒީފާއިން ވަކިކުރުމުގައި ބައެއްކަންކަން ގޯސްކޮށް ކޮށްފައި ހުރިކަމަށް ވަޒިފާއާއި ބެހޭ ޓްރައިބިއުނަލުން ނިންމާފައި އެބަހުއްޓެވެ. އެހެންވީމާ ކުރީ ސަރުކާރުތަކުން ދީފައިވާ ހުރިހާ ވަޒީފާތައްވެސް ބާތިލުވާނެ ތާއެވެ. ގަވައިދާ ހިލާފަށް މީހުނަށް ވަރިކައިވެނި ކޮށްދީފައި ވެސް އެބަހުއްޓެވެ. އެކަން އެނގޭ ހިސާބުން ކުރީގެ ކޮށްފައިހުރި ހުރިހާ ކައިވެނީގެ އަގުދުތައްވެސް ބާތިލުވާނެއެތާއެވެ. 

    މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން މީހެއްގެ ވަޒީފާއާއި ގުޅޭގޮތުން ސަރުކާރަކުން ނިންމާފައިވާ ގޮތާ ދެކޮޅަށް ޓްރައިބިއުނަލުން ކަމެއް ނިންމުމަކީ ވަޒީފާ ދިމުގެ މުޅި ޕްރޮސެސް ބާތިލު ވާކަމެއް ނޫނެވެ. ކަމެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ވާނަމަ އެކަމެއް ވަރަށް ސާފުކޮށް ޝައްކެއްނެތް މންވަރަށް ކާކު ކުރީ ކީއްކަން ބަޔާންކޮށް އެމައްސަލައަކަށް ގާނޫނީ ހައްލެއް ހޯދާދޭން ޖެހޭނީ ކޯޓުންނެވެ. 

    ކޮމެޓީ ހަދައިގެން ހިޔާވަހިކަމުގެ ހައްގަށް އަރައިގަންނަން ބައެއްގެ ނިއްކުރީގައި ނަޒާހަތުގެ ސިއްކަ ޖައްސައިގެން ކަތިލެވޭ ކަންބަޅިތަކަކަށް އެމީހުން ހަދަން މުއިއްޒު އުޅޭނެ ކަމެއްނެތެވެ. އެއްބަސްވުމާ އެއްގޮތަށް ގޯތިތަކާ ފްލެޓްތައް ނުދެންޏާ ވެރިކަން ހަނދާން ނައްތާލާށެވެ.   

    ]]>
    Fri, 15 Mar 2024 17:45:55 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ކެރެޓްކްރީމް ހަލުވާ https://heerasnews.com/2327 https://heerasnews.com/2327 ހީރަސް ސުފުރާ މިފަހަރު ހާއްސަ ކޮށްލާނީ ކެރެޓްކްރީމް ހަލުވާއަށެވެ. މި ހަލުވާއަކީ ކެއުމުގެ ހަވާސާގައި ބޭނުން ކޮށްލަން ނިކަން ފައްކާ އެހާމެ މީރު އެއްޗެކެވެ. ތަޖުރިބާ ކޮށްލަމާ ހިނގާށެވެ.

    ބޭނުންވާ ތަކެތި:

    • 8 ޖޯޑު ކެރެޓް ( ގާނާ، އާވިން ކައްކާ ވަރަށް ބޮޑަށް މަޑުކޮށްފައި)
    • 2/1 ޖޯޑް ޒުވާރިފުށް
    • 2 ދަޅު ގެރިކިރު
    • 2/1 ޖޯޑު ހަކުރު
    • 4 ޖޯޑު ދިޔާކިރު
    • 2 ޖޯޑު ނެސްލޭ ކްރީމް
    • 2/1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

    ތައްޔާރު ކުރާނެ ގޮތް:

    • ތެއްޔެއް އުނދުން މައްޗަށް އުދާލާށެވެ.
    • ހަކުރުކޮޅު ތެލީ ތެރެއަށް އަޅާލާށެވެ.
    • މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ގޮސް ހަކުރުކޮޅު ހިތި ރަހަ ނުދޭވަރަށް ބްރައުން ކޮށްލާށެވެ.
    • އޭގެފަހުން ކެރެޓްކޮޅު އަޅާފައި ދޭފަތުން ހަލަމުން މަޑު ގިނީގައި ކައްކާލާށެވެ.
    • ކެރެޓްކޮޅުގައި ހަކުރު ހިފާ ރަނގަޅަށް އެއްވަންދެން މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކައްކާށެވެ.
    • ޒުވާރިފުށްކޮޅު އޮލަކޮށް ފެންފޮދެއްގައި ގިރާފައި ކިރުފޮދު ވެސް އެއްކޮށް ތެއްޔަށް އަޅައިގެން ދޭފަތުން ހަލަމުން ކައްކާށެވެ.
    • ޒުވާރިފުށްކޮޅު ރޯފިލުމުން ގެރިކިރާއި އެސްންސް ވެސް އޭގެތެރެއަށް އެއްކޮށްލާށެވެ.
    • އެންމެފަހުން ކްރީމް އެއްކޮށްފައި އުނދުން މަތިން ތެލި ބާލާށެވެ.

    އެހުރީ ވަރަށް މީރުކޮށް ކެރެޓްކްރީމް ހަލުވާ ތައްޔާރުވެފައެވެ. އަވަހަށް ތަށްޓަށް އަޅާލާ ސުފުރާ މައްޗަށް ނެރޭށެވެ. ފިނިކޮށްގެން ވެސް ވަރަށް މީރުވާނެއެވެ.

    ]]>
    Fri, 15 Mar 2024 16:23:44 +0500 ނިއުސް ޑެސްކް
    ޒަކާތް ދޭންޖެހެނީ ކާކު ކޮންއެއްޗަކުންކަން އެގޭތަ! https://heerasnews.com/2326 https://heerasnews.com/2326 ޒަކާތް ވާޖިބުވުމުގެ ހިކްމަތް:

    އިސްލާމްދީނުގައި ކަންކަން ވާޖިބު ކުރެއްވުމުގައި މަތިވެރިވެގެންވާ ހިކުމަތްތަކެއްވެއެވެ. އެގޮތުން ޒަކާތް ވާޖިބުވުމުގައި ވެސް ހިކްމަތް ތަކެއްވެއެވެ. 

    1. މުދާ ތާހިރުކޮށް އިތުރު ކުރުވުން.
    2. މުދަލަށް ބަރަކާތް ލިބުން
    3. އާފާތްތަކުން މުދާ ސަލާމަތް ކުރުން
    4. ޒަކާތް ދޭމީހާ ދަހިވެތިކަމުގެ ސިފައިން ތާހިރު ކުރުވުން.
    5. ފާފަ ފުއްސެވުން.
    6. އިސްލާމްދީނުގެ މަގުގައި ހޭދަކުރުމަށް އާދަކުރުވުން.
    7. ފަގީރުންނާއި ފުދުންތެރިކަން ނެތް މީހުންގެ ހާޖަތްތައް ފުއްދައިދިނުން.
    8. މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އެއްބައިވަންތަކަމާއި ލޯބި އުފެއްދުން.

    ބަޔާންވެ ދިޔަ ކަންކަން ނޫން އެހެން ކިތަންމެ ހިކުމަތެއް ވެސް ޒަކާތް ވާޖިބުވުމުގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނިގެންވެއެވެ. 

    ޒަކާތް ނެރުން ވާޖިބު ވަނީ ކޮންބައެއްގެ މައްޗަށް:

    އަންނަނިވި ޝަރުތުތައް ފުރިހަމަވާ މީހުންގެ މައްޗަށް ޒަކާތް ދިނުން ވާޖިބުވެގެންވެއެވެ.

    1. މުސްލިމަކު ކަމުގައިވުން: ކާފިރެއްގެ މައްޗަށް، ޒަކާތް ވާޖިބުވެގެން ނުވެއެވެ. އެހެނީ ޒަކާތަކީ އާލަމުތަކުގެވެރި ރައްބުގެ ހަޒުރަތަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. އިސްލާމެއްގެ ފަރާތުން ނޫނީ އަޅުކަމެއް ގަބޫލު ނުކުރެވޭނެއެވެ.
    2. މިނިވަނަކު ކަމުގައިވުން: އަޅުންގެ މައްޗަށް ޒަކާތްނެރުން ވާޖިބުވެގެންނުވެއެވެ. އެހެނީ އެމީހާއަކީ އަމިއްލަ މުދަލެއް ހުރި މީހެއްނޫނެވެ. އަދި އެމީހާއަކީ އެމީހާގެ ސާހިބުމީހާގެ މިލްކެކެވެ.
    3. މުދަލުގައި ނިސާބު ހަމަވުން:
    4. މުދަލުގައި ނިސާބުހަމަވެ، އަހަރު ހަމަވުން: މުދަލުގެ ވެރިމީހާގެ އަތުގައި މުދާ ހުރި މުދާ ނިސާބުގެ މިންވަރަށްވުރެ މަދުނުވެ ހަނދުމަހުން ފުރިހަމަ އެއްއަހަރުން ޝަރުތުވެގެންވެއެވެ. މިޝަރުތަކީ ނައަމްސޫފިތަކާއި، ރަންރިހި އަދި ވިޔަފާރި މުދަލަށް ހާއްސަ ޝަރުތެކެވެ.

    ޒަކާތް ނެރެން ވާޖިބުވަނީ ކޮން ބާވަތް ތަކަކުން:

    ޒަކާން ނެރެންޖެހެނީ މުދަލުގެ ފަސް ޖިންސަކުންނެވެ. ނުވަތަ ފަސް ބާވަތަކުންނެވެ.

    • ނައަމްސޫފި: (ގެރި، ބަކަރި، ޖަމަލު)
    • ނަގުދު ނުވަތަ ފައިސާ : ގަނެ ވިއްކުމުގައި ގެންގުޅޭ ޑިޖިޓަލް ފައިސާއާއި ނޫޓާއި ރަން ރިހި މިބައިގާ ހިމެނެއެވެ. މިބައިގެ ތެރޭގައި ރަން ރިހީގެ ހުކުމަށް އަންނަ، މިޒަމާނުގައި ބޭނުންކުރެވޭ ހުރިހާ ބާވަތެއްގެ ފައިސާ ހިމެނޭނެއެވެ.
    • ވިޔަފާރި މުދާ: މިއީ ފައިދާ ހޯދުމަށްޓަކައި ވިޔަވާރިއަށް ތައްޔާރު ކުރެވިފައިވާ މުދަލެވެ.
    • މޭވާއާއި ގޮވާމުގެ ބާވަތްތައް:
    • މައުދަނާއި ރިކާޒު: މައުދަނަކީ ބިމުގެ އަޑީގައި އުފެދިގެން، ބިމުން ނެރެވޭ އަގެއްހުރި ތަކެއްޗެވެ. މިސާލަކަށް ރަން، ރިހި، ލޮއި ފަދަ ބާވަތްތައް. ރިކާޒަކީ ޖާހިލިއްޔަ ޒަމާނުގައި ބިމުގައި ވަޅުލެވިފައިވާ ތަކެއްޗެވެ.
    ]]>
    Fri, 15 Mar 2024 15:43:57 +0500 ނިއުސް ޑެސްކް
    ޒަކާތް އެނގެނީ ކިހާވަރަކަށް! https://heerasnews.com/2325 https://heerasnews.com/2325 ޒަކާތުގެ ބަހަވީ މާނައަކީ އިތުރު ވުމެވެ. އިސްލާމުދީނުގެ ފިގުހީ އިސްތިލާހީ މާނައަކީ ނިސާބު ހަމަވެފައިވާ ވަކި ހާއްސަ މުދަލަކުން، ވަކި ޝަރުޠު ތަކަކާއެކު، ވަކި ހާއްސަ ބަޔަކަށް ދޭންޖެހޭ ހައްގެކެވެ.

    ޒަކާތަކީ އިސްލާމްދީނުގެ ފަރުލުތަކުގެ ތެރެއިން ފަރުލެކެވެ. ހަމައެހެންމެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ނަމާދަށްފަހު، އިސްލާމްދީނުގެ އެންމެ މުހިއްމު ރުކުނެވެ. ކީރިތި ގުރުއާނުގައި، ނަމާދު ގާއިމުކުރުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިދިގެން ޒަކާތްދިނުމަށް އަމުރުކުރައްވާފައިވެއެވެ. 

    ޒަކާތުގެ ވާޖިބުކަން:

    އާލަމް ތަކުގެވެރި ރައްބު ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވަނީ “ އަދި ތިޔަބައިމީހުން ނަމާދު ކުރާށޭ. އަދި ތިޔަބައިމީހުން ޒަކާތް ދޭށޭ "އެވެ. ކީރިތި ވަހީ ބަސްފުޅުން ޒަކާތުގެ ފަރުލުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. 

    އަނެއްކޮޅުން ކީރިތި ރަސޫލާގެ ހަދީސް ކުރައްވާފައިވާ ހަދީސެއްގެ މާނާގައި ވަނީ މި ފަދައިންނެވެ. "އިސްލާމްދީން ބިނާވެގެން ވަނި ފަސް ކަމެއްގެ މައްޗަށެވެ. އާލަމު ތަކުގެވެރި ރައްބު ފިޔަވައި ހައްގު ގޮތުގައި އަޅުކަން ކުރެވޭ އެހެން އިލާހަކު ނުވާކަމަށް ހެކިވުމާއި ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނަކީ އެ އިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ގާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ހައްޖު ވުމާއި، ރޯދަމަހު ރޯދަ ހިފުމެވެ".

    އެހެން ކަމުން ޒަކާތުގެ ވާޖިބުކަމާއިމެދު ހުރިހާ މުސްލިމުން އެއްބަސްވެއެވެ. ޒަކާތްދިނުމުން މަނާވެގަންނަ މީހުންނާއި ހަނގުރާމަ ކުރުން ހުއްދަ ކަމުގައި ސަހާބީ އިއްތިފާގުވެލައްވައެވެ.

    ޒަކާތް ދިނުމަށް އިންކާރުކުރާ މީހާގެ ހުކުން:

    އަލަށް އިސްލާމްވާ މީހާއާއި މީހުން އުޅޭ ހިސާބާއި އެކަހެރި ތަނެއްގައި އުޅޭ މީހާއަށް ރަނގަޅަށް ނުފިލާ އޮތުމުން ޒަކާތް ދިނުމަށް އިންކާރު ކޮއްފިނަމަ އޭނާއަށް ޒަކާތުގެ ވާޖިބުކަން ބަޔާންކޮށް ދޭނީއެވެ. މިހާލަތުގައިވާ މީހާގެ މައްޗަށް ކުފުރުގެ ހުކުމް ނުކުރެވޭނެއެވެ. އޭނާއަށް އެކަމުގައި އުޒުރު އެބައޮތެވެ.

    މުސްލިމުން ދިރިއުޅޭ މާހައުލެއްގައި އުޅެ ބޮޑުވެފައިވާ މުސްލިމަކު މިކަމަށް އިންކާރު ކޮއްފިނަމަ އެމީހާ މުރުތައްދުވާނެއެވެ. އަދި މުރުތައްދު ވެފައިވާ މީހެއްގެ މައްޗަށް އަންނަ ހުކުމްތައް އެމީހާއަށް އަންނާނެއެވެ. 

    ދަހިވެތިކަމުގެ ސަބަބުން ޒަކާތްދިނުމުން މަނާވެގަންނަމީހާގެ ހުކުން:

    ޒަކާތުގެ ވާޖިބުކަން ގަބޫލުކުރާ ހާލުގައި ދަހިވެތިކަމުން ޒަކާތް ދިނުމުން މަނާވެގަންނަ މީހާއަށް އެ އަރައިގަނެވުނީ ވަރަށް ބޮޑު ފާފައަކަށެވެ. އެފަދަ މީހާ ފާފަވެރި ވާނެއެވެ. އެހެން ނަމަވެސް، އެމީހާ ދީނުން ބޭރެއް ނުވާނެއެވެ.

    ]]>
    Thu, 14 Mar 2024 15:43:12 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: މުރަނގަފަތު ރިހަ https://heerasnews.com/2324 https://heerasnews.com/2324 ހީރަސް ސުފުރާއަށް މިއަދު ނެރެދޭނީ މުރަނގަފަތު ރިހައެވެ. މުރަނގަފަތަކީ ދިވެހިން ވަރަށް ދަންނަ، އާއްމު ފަތެކެވެ. އެހާ އާއްމު ފަތަކަށް ވާއިރު މިއީ އެހާމެ ގިނަގުނަ ފައިދާތަކެއް އޭގައި އެކުލެވޭ ފަތެކެވެ. މުރަނގަފަތު ރިހައަކީ ދިވެހިންގެ ތެރޭގައި ކައްކާއުޅޭ އަގަޔަށް މީރު ހަށިގަނޑަށް ފައިދާހުރި ރިހައެކެވެ. ކޯނިން ފަތް ފިލުވުމަކީ ކޮންމެވެސް ވަރަކަށް ވަގުތު ނަގާ ކަމަކަށްވާތީ ކިތަންމެ މީރަސް މުރަނގަފަތު ރިހަ ކައްކާ އުޅޭލެއް މަދެވެ. 

    މުރަނގަފަތު ރިހައަށް ހަވާދު ގަނޑު ތައްޔާރު ކުރުން: 

    ބޭނުންވާ ތަކެތި:

    • ½ ޖޯޑު ހުނި
    • 2 ½ މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި
    • 2 ½ މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ދިރި
    • 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު
    • 3 ހިކި މިރުސް (ކުޅިރަހަ ހެޔޮވަރު ވާވަރަށް)
    • ½ ފިޔާ
    • 3 ލޮނުމެދު
    • ½ އިންޗީގެ އިނގުރު ކޮޅެއް
    • 6 ކާފޫރު ތޮޅި
    • ½ އިންޗީގެ ފޮނިތޮށި ކޮޅެއް
    • 6 ހިކަނދިފަތް
    • ½ އިންޗީގެ ރާނބާ ފަތްކޮޅެއް
    • ½ ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް
    • ¼ ސައިސަމުސާ ރީނދޫ
    • 8 މޭޒުމަތީ ސަމުސާ ފެން

    ހަދާނެ ގޮތް:

    •  ފިޔާކޮޅު ކޮށާލާށެވެ. ކޮންމެވެސް ވަރަކަށް ބޮޑެތިކޮށް ހުއްޓަސް ރަނގަޅުވާނެއެވެ.
    • ތަވައެއް އުދައި ރަނގަޅަށް އެ ހޫނު ކުރުމަށްފަހު ހަވާދަށް ބޭނުންވާ ތަކެތީގެ ތެރެއިން ރީނދުލާއި ފެން ފިޔަވައި އެހެން ހުރިހާ އެއްޗެއް ތަވައަށް އަޅާލާށެވެ.
    • ތަންކޮޅެއް މަޑުކޮށް ގިނި ބަހައްޓައިގެން ހުނި ކޮޅަށް ރަން މުށިކުލަ އަރަން ފަށަންދެން ހަނާކުރާށެވެ.
    • ދެން އޭގެ ތެރެއަށް ރީނދޫކޮޅު އަޅާލުމަށްފަހު އަނެއްކާވެސް މިނެޓެއް ވަރު ކައްކާލާށެވެ.
    • އުނދުން މަތިން ބޭލުމަށްފަހު ހަނާކުރި ތަކެތި ހިހޫވެލަން ދޭށެވެ.
    • ހިހޫ ވުމުން، މިކްސަރު ބޭނުން ކޮށްގެން ހަނާކުރި ތަކެއްޗާއި ފެންފޮދު އެއްކޮށްގެން ޕޭސްޓްގަނޑެއް ހަދާށެވެ.

    ރިހަގަނޑު ތައްޔާރު ކުރުން:

    ބޭނުންވާ ތަކެތި:

    • 2 ޖޯޑު މުރަނގަފަތް (ތަނޑިތައް ނުލައި)
    • 2/3 ޖޯޑު ވަޅޯމަސް (ކުދިކޮށް ކޮށާފައި)
    • ½ ފިޔާ
    • 2 ލޮނުމެދު
    • 3 ހިކަނދިފަތް
    • 3 އިންޗީގެ ރާނބާފަތް ކޮޅެއް
    • 1 ½ ޖޯޑު ބޯކިރު
    • 1 މޭޒުމަތީ ސަމުސާ ތެޔޮ
    • ¼ ގިތެޔޮ މިރުސް (ކުޅިރަހަ ހެޔޮވާރު ވާވަރަށް )
    • ½ ސައިސަމުސާ ލޮނު (ލޮނުރަހަ ހެޔޮވަރު ވާވަރަށް)
    • 2 ޖޯޑު ފެން

    ހަދާނެގޮތް:

    • އުނދުން މައްޗަށް ތެއްޔެއް އުދުމަށްފަހު އޭގެ ތެރެއަށް ފެންފޮދު އަޅާލާށެވެ. ފެންގަނޑު ބޮކިޖަހާ ކެކެން ފެށީމައި ދެން މުރަނގަ ފަތް ކޮޅު އަޅާނީއެވެ.
    • ގިނި މަޑުކޮށްލާފައި ތެލީގައި މަތިޖަހައިގެން 5 މިނެޓު ވަރު ވަންދެން މުރަނގަ ފަތްކޮޅު ކައްކާށެވެ.
    • ދެން ފަތްކޮޅު ފުރާނާލުމަށް ފަހު އެއްޗަކަށް އަޅާފައި ބަހައްޓާށެވެ.
    • ފިޔައާއި ލޮނުމެދު ތުނިކޮށް ކޮށާށެވެ.
    • ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނު ކުރުމަށް ފަހު ތެޔޮ ކޮޅުގެ ތެރެއަށް ފިޔާކޮޅާއި، ރާނބާފަތާއި، ގިތެޔޮ މިރުހާއި ހިކަނދިފަތްކޮޅު އަޅާލުމަށްފަހު ފިޔާކޮޅަށް ރަން މުށި ކުލަ އަރަން ފަށަންދެން މީރު ކުރާށެވެ. ދެން ލޮނުމެދު ކޮޅު އެޅުމަށްފަހު ތިރީހަކަށް ސިކުންތު އިތުރަށް ކައްކާލާށެވެ.
    • ދެން ކުރިން ތައްޔާރުކުރި ހަވާދު ގަނޑާއި ބޯކިރުކޮޅާއި ވަޅޯމަސްކޮޅު ތެއްޔަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
    • ތެލީގައި މަތިޖެހުމަށްފަހު ބޮކި ޖަހަން ފަށަންދެން ކެކިލަން ބައިންދާށެވެ. ބޮކިޖަހަން ފެށީމައި މުރަނގަފަތްކޮޅާއި ލޮނު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ.
    • ތެލީގައި މަތި ޖަހައިގެން މަޑު ގިނީގައި 3- 4 މިނެޓުވަންދެން ކައްކާލާށެވެ.

    ކައްކާ މިލެވުނީ ދެތިން މީހަކަށް ފުދޭވަރުގެ މުރަނގަފަތު ރިހަ ތެއްޔެކެވެ. އަވަހަށް ސުފުރާ މައްޗަށް ނަގާށެވެ.

    ]]>
    Thu, 14 Mar 2024 14:05:51 +0500 ނިއުސް ޑެސްކް
    ދުނިޔޭގެ ޑިމޮކްރެޓިކް ވެއްޓަށް ރައީސް ސޯލިހަކީ ދަންމަރެއް: ވީ&ޑެމް https://heerasnews.com/2323 https://heerasnews.com/2323 ބަވަނަވެތި ދުނިޔޭގައި ނެތެމުންދާ ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމުގައި ރައީސް ސޯލިހަކީ އަލިގަދަ ފާހަގައެއް ކަމަށް ވީ-ޑެމް ބުނެ ތައުރީފް ކޮށްފިއެވެ. ވީ-ޑެމްއަކީ ޑިމޮކްރަސީއަށް ފުރޮޅެމުންދާ ޖަޒީރާ ގައުމުތަކުގެ އިހުތިޔާރީ ގްރޫޕެކެވެ.

    ޑިމޮކްރެޓިކް އަގުތައް ދޫކޮށް ފެޔަށް ޖެހެމުންދާ ބަވަނަވެތި މިއަދުގެ ދުނިޔޭގައި ހުދުމުހުތާރު ކަމާދުރަށް ރާއްޖެ ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިކަން އެ ޖަމާއަތުން ފާހަގަ ކުރެއެވެ. ދިރުން ހުރި ޑިމޮކްރަސީއަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ އުންމީދުން ފުރިގެންވާ ވެރިކަމެއް ރައީސް ސޯލިހު ކުރެއްވިކަމަށް ވީ-ޑެމްގެ ރިޕޯޓް 2024 ބުނެފައިވެއެވެ. 

    ހުދުމުހުތާރު ވެރިކަމުން ޑިމޮކްރަސީއަށް ރާއްޖެކުރި ދަތުރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދަތުރެކެވެ. އަހަރުތަކެއް ވަންދެން އޮތް ސިޔާސީ ހަލަބޮލިކަމަށް ފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވީ ގައުމު ހަމަ މަގަށް އެނބުރުމުގެ ނިޝާނެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބީއާއި، އޭގެ ފަހުން މަޖިލިސް އިންތިހާބުގައި ބޮޑެތި ކާމިޔާބީތަކެއް ލިބުމަކީ ޑިމޮކްރެޓިކް ވެރިކަމަކާ ދިމާއަށް އެނބުރުމުގެ ވަރަށް މުހިންމު ބަދަލެކެވެ. އެންމެ ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ދިވެހިން ޑިމޮކްރަސީއަށް ފައްކާކުރުވުމުގައި ރައީސް ސޯލިހަކީ މިސާލެއް ކަމަށް ފާހަގަ ވެގެން ދިޔައެވެ. 

    ދުނިޔޭގެ އެހެނިހެން ގައުމުތަކާ އަޅާބަލާއިރު ރައީސް ސޯލިހުގެ ދައުރުގައި ޑިމޮކްރަސީގައި ހޯދިފައިވާ ކާމިޔާބީތައް ބޮޑުކަމަށް ބަޔާންކޮށް އެކަން ހާމަކުރުމަށް ވަރަށް ބޮޑު އިސްކަމެއް އެ ރިޕޯޓްގައި ދީފައިވެއެވެ. 2.8 ބިލިއަން މީހުން ދިރިއުޅޭ 42 ގައުމަކަށް ހުދުމުހުތާރު ވެރިކަމުގެ ނުބައި އަސަރު ކޮށްފައިވާ ކަމުގެ ކަންބޮޑުވުން ފާހަގަ ކޮށްފައިވެއެވެ. ހާއްސަކޮށް ދެކުނާއި މެދުތެރޭ އޭޝިޔާގެ ސަރަޙައްދީ ގޮންޖެހުންތަކުގައި ނުޖެހި ރާއްޖޭން ކާމިޔާބު ކާމިޔާބުކަމާއެކު ޑިމޮކްރަސީ ނެގެހެއްޓިކަން ފާހަގަ ކޮށްފައިވެއެވެ. ގައުމުގެ ސައިޒަށް ނުވަތަ ޖިއޮޕޮލިޓިކަލް ނުފޫޒަށް ބެލުމެއްނެތި ޑިމޮކްރެޓިކް ހަމަތައް ހިފަހައްޓަވާފައި ވަނީ މިސާލެއް ފަދައިންކަމަށް ވީ-ޑެމް ދެކެއެވެ.

    މިނިވަން އިންތިހާބާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޖަމާއަތް ހެދުމުގެ މިނިވަންކަން ތަންމިނަށް ރާއްޖޭގައި އޭރު އޮތް އޮތުމަކީ ދުނިޔޭގެ އެހެން ގިނަގައުމުތަކާ ހިލާފަށް ރާއްޖޭން ހޯދި ކާމިޔާބެއް ގޮތުގައި އެރިޕޯޓު ބަޔާންކުރެއެވެ. 

    ރާއްޖޭން ދައްކާދިނީ ޑިމޮކްރަސީގެ ކެތްތެރިކަމާއިއެކު ހުދުމުހުތާރު އާދަތައް ފަހަތަށް ޖެއްސުމުގެ ފުރުސަތު އޮތްކަމުގެ ހެކިތަކެކެވެ. ޑިމޮކްރަސީއަށް ދުނިޔޭގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ ކާމިޔާބީތަކުން އުއްމީދު އާކޮށްދިނެވެ. ރާއްޖެއަކީ ޑިމޮކްރެޓިކް އަގުތައް އާލާކުރުމުގެ ހިތްވަރަކަށް ދުނިޔޭގައި ވެގެންދިޔައެވެ. \

    ރައީސް ސޯލިހުގެ ދައުރަކީ ރާއްޖޭގެ ޑިމޮކްރެޓިކް ދަތުރުގައި ފާހަގަކޮށްލެވުނު ދުވަސްވަރެކެވެ. ޑިމޮކްރަސީގައި ރައީސް ސޯލިހު ހޯއްދެވި ފާހަގަކޮށްލެވޭ އެއް ކާމިޔާބަކީ 2020 ވަނަ އަހަރު އަނބުރާ ކޮމަންވެލްތުއަށް ގެންދިއުމެވެ. އަލުން ކޮމަންވެލްތުގައި ބައިވެރިވުމަކީ ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި ފެނިގެންދިޔަ ހުދުމުހުތާރު ކަމަށްފަހު ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ދުނިޔެދެކެއެވެ.

    ]]>
    Wed, 13 Mar 2024 21:08:44 +0500 ނިއުސް ޑެސްކް
    ސަނީފަށްވުރެ ކުރީން އެމްޑީޕީ ދަންނަނީ ޒިފްލީނާ! https://heerasnews.com/2322 https://heerasnews.com/2322 ކިތަންމެ ގިނަ ދުވަހު ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރިޔަސް ކުރިއަށް އޮތް ދައުރަށް ވާދަކުރަން އެ މެންބަރަކަށް ޕާޓީގެ ޓިކެޓް ނުލިބިދާނެއެވެ. ދާއިރާއެއްގެ ޓިކެޓް ޕާޓީއަކުން މީހަކަށް ނުލިބޭނީ ޕާޓީގައި އެ މީހެއްގެ މަގުބޫލުކަން ކުޑަވީމައެވެ. ޕާޓީއަކުން ޕްރައިމަރީއަކާ ނުލާ ޓިކެޓެއް ދޭނީ އެ ޓިކެޓެއްގައި ނިކުމެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރާނެކަން ޔަގީންވާ މީހަކަށެވެ. އެހެން ނޫނީ ވާދަ ކުރާނެ އެހެން މީހަކު ނެތުމުން ޕާޓީގެ ޓިކެޓް މީހުނަށް ދީފައި ހުރެއެވެ. 

    މެންބަރު ކަމަކީ މަޖިލިހުގެ ތަޅުމުގެ ނަހަމަ ބޭނުން ކޮށްގެން ހިނގަމުންދާ ދައުރުގައި މެންބަރުކަން ކުރާ މީހަކަށް ދާއިރާގެ ޓިކެޓް ނުލިބުމުން އެހެން ކެންޑިޑޭޓުން ބަދުނާމް ކުރަން ދީފައި އޮންނަ ލައިސަނެއް ނޫނެވެ. ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ވަދެހުރުމަކީ ތިމާ ނިސްބަތްވާ ޕާޓީ ބަދުނާމު ކުރަން ދީފައި އޮތް ފުރުސަތެއް ނޫނެވެ. މެންބަރު ކަމަކި ވަގުތުން ރައްދުދީ ޖަވާބުދާރީ ނުވެވޭ ހާލަތު ތިބޭ މީހުންގެ އަބުރު ކަތިލުމުގެ ތަޅުދަނޑިއެއްވެސް ނޫނެވެ. 

    ތިނަދޫ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުއްލާ ސަނީފު ކުރިއަށް އޮތް ދައުރަށް އިންތިހާބު ވުމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓް ނުލިބުމަކީ އެމްޑީޕީގެ ރައީސްގެ މައްސަލައެއް ނޫނެވެ. އެމްޑީޕީގެ މައްސަލައެއް ވެސް ނޫނެވެ. ތިނަދޫ ދެކުނު ދާއިރާގެ މައްސަލައެއްވެސް ނޫނެވެ.

    20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރުމަށް ޒިފްލީނާ ހަސަނަށް ޓިކެޓް ލިބިވަޑައިގަތީ އެމްޑީޕީގެ ރައީސް ކަމުގައި އޮނަރަބަލް އަބްދުއްލާ ޝާހިދު ހުންނަވަނިކޮށެއް ނޫނެވެ. ޝާހިދުގެ އަނބިކަބަލަކަށް ޒިފްލީނާ ވިޔަސް ނުވިޔަސް އެއްޔަކީ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމަށް ޒިފްލީނާ ހަސަނަށް އެމްޑީޕީ ޓިކެޓް ނުލިބޭންވީ ސަބަބެއް ނޫނެވެ. 

    ޒިފްލީނާއަކީ ސަނީފަށްވުރެ އެމްޑީޕީއަށް ދޮށި އެމްޑީޕީ މާބޮޑަށް ދަންނަ ބޭފުޅެކެވެ. ސަނީފަށްވުރެ ކުރީން އެމްޑީޕީ ދަންނަނީ ޒިފްލީނާއެވެ. ޒިފްލީނަކީ އެތައް ދުވަހެއް ވާންދެން އެމްޑީޕީގެ ދާއިރާ ރައީސް ކަންކުރައްވާ އެތައް ގިނަ ހިދުމަތެއް ފާޅުކަން ބޮޑުކޮށް ކުރައްވަފައިވާ އަދި ކުރައްވަމުން ގެންދަވާ ހީވާގި ކަނބަލެކެވެ. ޒިފްލީނާއަކީ ވަކި ބޭފުޅެއްގެ މޯހިރުން އެމްޑީޕީގެ ޓިކެޓެއް ހޯއްދަވަން ޖެހިވަޑައިގަންނަވާ ވަރަށްވުރެ އެމްޑީޕީ ފަރިތަފުޅު ބޭފުޅެކެވެ.

    "މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު މެންބަރު ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އަޅުގަނޑާއި ގުޅުމެއްވާކަމަށް ވިދާޅުވެދެއްކެވި ވާހަކައަކީ ދޮގުވާހަކަތަކެކެވެ. މަޖިލީހުގެ އިމްތިޔާޒިް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްަޓެހިކަމެކެވެ. ފިނޑިކަމެކެވެ." އަބްދުއްލާ ޝަހިދު 

    20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަން ކެރިވަޑައިނުގެން ހުންނަވައިގެން ސަނީފެއް ކަމަކު މީސްމީހުންގެ އަބުރު ކަތިލެއްވުމަށް ސާބިތު ނުހިފޭ ވާހަކަ ނުދައްކަވާށެވެ. އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދަކީ ވިދާޅުވަން ބޭނުންފުޅުވާ ވާހަކަފުޅެއް ވިދާޅުވާން ޖެހެލުންވެ ވަޑައިގަންނަވާނެ ބޭފުޅެއްނޫނެވެ. ދެއްވަން ބޭނުން މެސެޖެއް ދެއްވަން އެނގިވަޑައި ނުގެން އަނގައޮޅޭ ބޭފުޅެއް ނޫނެވެ.  ހަރަދު ކުރައްވައިގެން ވަގު ސައިޓްތައް ހިންގަވާ ވަރަށް ކެރިވަޑައި ނުގަންނަވާ ސިޔާސީ ގޮތުން ފިނޑި ބޭފުޅެއް ނޫނެވެ.

    މެންބަރު ސަނީފަށް އެމްޑީޕީ ޓިކެޓް ނުލިބުމަކީ ބަޔަކު ކުރާހާ ކަންކަން ބެހުމެއްނެތް މީހުންގެ ބޮލުގައި އަޅުވަންޖެހޭ ސަބަބެއްނޫނެވެ. އެމްޑީޕީގެ މަޖިލިސް މެންބަރަކަށް ހުރުމަކީ ސަނީފަށް ޝާހިދު ކުރެއްވި ކަމަކާއި ކުރައްވާހާ ކަމެއް އެނގެންޖެހޭ ސަބަބެއް ނޫނެވެ. ސަނީފު ބުންޏަސް ތެދެއް ދޮގަކަށް ނުވާނެއެވެ. ތެދު ދޮގު ކަނޑައަޅާނީ ސަނީފެއް ނޫނެވެ.

    ކިތަންމެ ކެތް ނުކުރެވުނަސް ނެރޭ ބަޔަކު ދިޔަވަރުވެސް ނެރޭނެއެވެ. އަބްދުއްލާ ޝާހިދު އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާނެއެވެ. ޒިފްލީނާ ތިނަދޫ ދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަވެސް ކުރައްވާނެއެވެ. އެހެނެއް ކަމަކު މަޖިލީހުގެ ތަޅުމުގައި ކޮންމެ ވާހަކައެއް ދެއްކެވިޔަސް ސަނީފަކަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓެއް ނުލިބޭނެއެވެ.     

    ]]>
    Wed, 13 Mar 2024 18:19:10 +0500 ނިއުސް ޑެސްކް
    އިއުތިކާފަށް އިންނާނެގޮތް މިއޮތީ! https://heerasnews.com/2321 https://heerasnews.com/2321 އިއުތިކާފުގެ މާނައަކީ ވަކި ކަމަކަށް ހުސްވެގަތުމެވެ. ނުވަތަ ވަކި ކަމަކަށް ތިމާ ބަންދުވުމެވެ. އިސްލާމީ އަޅުކަމެއްގެ ގޮތުގައި އިއުތިކާފުގެ ފިގުހީ މާނައަކީ ހާއްސަ ނިޔަތަކާއެކު މިސްކިތުގައި ހާއްސަ ކަންތައްތަކެއް ކުރުމަށް އިނުމެވެ.

    އިއުތިކާފު ކުރުމުގެ ބޭނުމަކީ ދުނިޔަވީ ކަންކަމުން މީހާ ހުސްވެ ނަމާދުކުރުމާއި ޒިކުރުކުރުމާއި ގުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމެވެ. އިއުތިކާފަށް ނިޔަތް ގަތުމަށްފަހު ފާހާނާކުރުމާއި ކެއިންބުއިން ފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. 

    އިއުތިކާފު ކުރެވޭނީ ހަމަ އެކަނި މިސްކިތުގައި ކަމަށް އިލްމުވެރިން އިއްތިފާގުވެއެވެ. ކޮންމެ މިސްކިތެއްގައި ވެސް އިއުތިކާފަށް އިނދެވިދާނެ ކަމަށް ގިނަ އިލްމުވެރިން އެއް ބަސްވެއެވެ. އިއުތިކާފަށް އިނދެވޭނީ ހުކުރު ނަމާދުގެ ޖަމާއަތް ގާއިމު ކުރެވޭ މިސްކިތްތަކުގައި އެކަނިކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ. މަސްޖިދުލްއަގްސާއާއި މަސްޖުދުއްނަބަވީއާއި މަސްޖިދުލްހަރާމްގައި ނޫނީ އިއުތިކާފު ހުއްދަވެގެން ނުވާކަމަށް ދެކޭ އިލްމުވެރިންވެސް އުޅެއެވެ.

    ތަވާފުކުރުމަކީ މަސްޖިދުލްހަރާމްއަށް ހާއްސަ އަޅުކަމެކެވެ. އެއާއި ހިލާފަށް އިއުތިކާފަކީ ވަކި މިސްކިތަކަށް ނުވަތަ ވަކިތާކަށް ހާއްސަ އަޅުކަމެއް ނޫނެވެ. އެހެންކަމުން އިއުތިކާފަށް އިނުމަކަށް ވަކި މިސްކިތެއް ހާއްސަވެގެން ނުވެއެވެ. ހުކުރު ނަމާދުގެ ޖަމާއަތް ގާއިމުކުރެވޭ މިސްކިތްތަކުގައި އިއުތިކާފަށް އިނުމަށް ބާރު އެޅެނީ އިއުތިކާފަކީ ރޯދަ މަހުގެ މުޅި ފަހު ދިހައިގައި ކުރުން މުސްތަހައްބު އަޅުކަމެއް ކަމުން ފަހުދިހާގައި އިއުތިކާފަށް އިންނަމީހާ މުޅި ފަހުދިހަ ހޭދަކުރާނީ އިއުތިކާފުގައި މިސްކިތުގައެވެ. ހުކުރު ނުކުރާ މިސްކިތެއްގައި އިއުތިކާފަށް އިނދެއްޖެނަމަ އިއުތިކާފަށް އިންނަ މިސްކިތް ދޫކޮށް ހުކުރު ކުރެވޭ މިސްކިތަކަށް ދިޔުމަށްޓަކާ އޭނާގެ އިއުތިކާފް މެދު ކަނޑާލަން ޖެހޭނެއެވެ. އެހާލަތު ކުރިމަތި ވިޔަ ނުދިނުމުގެ ގޮތުން ހުކުރު ނަމާދުގެ ޖަމާއަތް ހެދޭ މިސްކިތެއްގައި އިއުތިކާފަށް އިނުން މުހިންމެވެ.

    އެހެންކަމުން އިއުތިކާފަށް އިންނަ މިސްކިތާ މެދު އާއްމު ވިސްނުމަކީ އަދި ގިނަ އިލްމުވެރިންގެ ރައުޔަކީ، އިއުތިކާފު ކުރުމުގެ ހުކުމަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގައި ދިރިއުޅެމުންދާ މުޅި އިސްލާމީ އުންމަތަށް އާންމުކޮށް އައިސްފައިވާ ހުކުމެއް ކަމަށް ވީހިނދު ތަވާފުކުރުން މަސްޖިދުލްހަރާމްގައި ނޫނީ ހުއްދަނުވާ ފަދައިން އިއުތިކާފު ވަކި ހާއްސަ ތިން މިސްކިތެއްގައި ނޫނީ ކުރުން ހުއްދަ ނުވާންވީ ސަބަބެއް ނެތް ކަމަށެވެ. 

    ރޯދަމަހުގެ ފަހުދިހައިގައި މިސްކިތުގައި އިއުތިކާފު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ރޯދަމަހުގެ ފަހުދިހައިގައި އިއުތިކާފު ކުރާނެ ގޮތަކީ މަހުގެ 20 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން މިސްކިތަށް ވަދެ އިއުތިކާފުގެ ނިޔަތުގައި ޝައްވާލުމަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މިސްކިތުގައި މަޑުކުރުމެވެ. ރޯދަމަހުގެ ފަހުދިހައިގައި އިޢްތިކާފު ކުރުމަށް ނިޔަތްގަތް މީހާ ޝައްވާލުމަހުގެ ހަންދު ފެނުމުގެ ކުރިން ފާހާނާ ކުރުމާއި ކެއިން މުއިންފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. މިނޫން ހާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިއުތިކާފު ބާތިލުވާނެއެވެ. ކީރިތި ރަސޫލާއާއި އެ ކަލޭގެފާނުންގެ އަސްހާބުން  ރޯދަމަހުގެ ފަހުދިހައިގައި އިއުތިކާފުކުރެއްވިއެވެ.

    ]]>
    Wed, 13 Mar 2024 15:18:49 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ކަދުރުކޭކު https://heerasnews.com/2320 https://heerasnews.com/2320 ހީރަސް ސުފުރާ މައްޗަށް މިއަދު ނެރެން މިއުޅެނީ ކަދުރު ކޭކެވެ. ކަދުރަކީ ސިއްހަތަށް ނުލާހިކު ފައިދާ ބޮޑު އަނގަޔަށް މީރު އެއްޗެކެވެ. ހުހަށް ކާލުމުގެ އިތުރަށް ކަދުރުން ވަރަށް ގިނަބާވަތްތަކުގެ ކޯބޯތަކެތި ތައްޔާރުކޮށް އުޅެއެވެ. ކަދުރު ކޭކަކީ އެގޮތުން ވަރަށް ހާއްސަ ބާވަތެކެވެ.

    ކަދުރު ކޭކް ތައްޔާރު ކުރަން ބޭނުންވަނީ:

    1 ޖޯޑު ކަދުރު ( ކޮށާފައި )

    1 ޖޯޑު ކަދުރު ( ހިމުންކޮށް ފުޑާފައި )

    150ގ. ހަކުރު

    250ގ. ފުށް

    175 ގ. ބަޓަރ

    2 ސައިސަމްސާ ބޭކިންޕައުޑަރ

    1 މަތިގަނޑު ވެނީލާ އެސެންސް

    ތައްޔާރުކުރާނެ ގޮތް:

    ފުރަތަމަ ފުށާއި ބޭކިންޕައުޑަރ ފުރާނާލާށެވެ.

    ބިހާއި ހަކުރު ރަނގަޅަށް ވިރެންދެން ގިރާފައި ބަޓަރާ އެއްކޮށް އޮމާންވަނދެން ގިރަލާށެވެ.

    ފުރާނާލި ފުށްކޮލާއި ބޭކިންޕައުޑަރ އެއްކޮށް ލާށެވެ.

    ގިރާ އެއްކުރި ބިހާއި ބަޓަރުގެ ތެރެއަށް ފުރޭނި ހަކުރުކޮޅާއި ބޭކިންޕައުޑަރކޮޅު އެއްކޮށްލާ ރަނގަޅަށް އޮލަވެ ގިރާލާށެވެ. ރަނގަޅަށް އެއްކޮށް ގިރާލެވުނީމާ ހިމުންކޮށް ފުޑާފާއި ހުރި ކަދުރު ކޮށާފައި ހުރި ކަދުރުކޮޅު ވެސް ހެދިފުށްގަޑާ ރަނގަޅަށް އެއްކޮށްލާ ރަހަލާވަރަށް އެސެންސް ވެސް އެއްކޮށް ގިރާލާށެވެ. 

    ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލެވުމުން ޓްރޭގައި ބަޓަރު ހާކާފައި ތްރޭތެރެއަށް ފުށްގަނޑު އަޅާފައި މަޑު ގިނީގައި ފިހެލާށެވެ.

    ]]>
    Wed, 13 Mar 2024 13:54:56 +0500 ނިއުސް ޑެސްކް
    ސްޕްރީމް ކޯޓުން ބުންޏަސް ނެތް އެއްޗަކީ އޮތް އެއްޗެއްނޫން! https://heerasnews.com/2319 https://heerasnews.com/2319 ރައްޔިތުންގެ މަޖިލީސް ނޫން ފަރާތަކަށް ގާނޫނު ހެދުމުގެ ބާރެއް ނޯވެއެވެ. ސްޕްރީމް ކޯޓަކީ ގާނޫނު ހަދާތަނެއް ނޫނެވެ. ސްޕްރީމް ކޯޓަށް ލިބިގެންވަނީ ގާނޫނު މާނަ ކުރުމުގެ ބާރެވެ. ސްޕްރީމް ކޯޓުން މާނަ ކުރެވޭނީ ގާނޫނުގައި އޮތް އެއްޗެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދެއް ކަނޑައެޅިފައެއް ނެތެވެ.

    ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވައިދެވެ. އެ ގަވައިދަކީ ގާނޫނެކެވެ. އެ ގާނޫނަކީ ރައިސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވެސް ޖެހޭ ގާނޫނެއް ނޫނެވެ. އެއީ މަޖިލީހުން ފާސްކުރުމުން ގާނޫނަކަށްވާ ގަވައިދެކެވެ.   

    މަޖިލީހުގެ ބޭނުމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. ގާނޫނު އަސާސީގައި އޮތްގޮތް ނޫން އެހެން ގޮތަކަށް ކަމެއް ހުށަހަޅައިގެން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު ގާނޫނު އަސާސީ ދީފައި އޮންނަނީ ވެސް މަޖިލީހަށެވެ.   

    އެހެން ނޫނަސް ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ މެންބަރުންނެވެ. ދާއިރާއެއް ގޮނޑިއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ކަންކަން ނިންމަން ގާނޫނު އަސާސީގައި ބުނަނީ މެންބަރުންގެ އަދަދުންނެވެ. އެކި ކަންކަން ނިންމެނީ އެކި އަދަދަށް މެންބަރުންގެ ވޯޓުންނެވެ.

    ދާއިރާގެ އަދަދަދަށް ބަލަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށެވެ. ދާއިރާއެއްގައި އިންތިހާބު ވެފައިވާ މެންބަރަކު ނެތް ކޮންމެ ހާލަތެއްގައި އެދައިރާގެ މެންބަރަކު ނުހުންނާނެއެވެ. 

    ގާނޫނު އަސާސީގެ އެއްވެސް ތަނެއްގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ އަދަދު ކަޑައަޅާފައެއް ނެތެވެ. ގާނޫނު އަސާސީ ބުނަނީ އަބާދީ ގެ ނިސްބަތުން ދާއިރާތައް ކަނޑައަޅާ އެދާއިރާތަކުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަންވާނެ ކަމަށެވެ.

    ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާން 6 މަސް ދުވަހަށް ވުރެ މުއްދަތު ކުރުވެފައިވާނަމަ ދާއިރާއެއްގެ މެންބަރުކަމުގެ ގޮނޑި ހުސްވިޔަސް އެދައިރާއަށް މެންބަރަކު އެދައުރުގައި އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ގަދަ އަމުރުން ގާނޫނު އަސާސީ އަމުރު ކޮށްފައިވެއެވެ. 

    އެއްވެސް ސަބަބަކާހުރެ ދާއިރާ ތަމްސީލުކުރާ މެންބަރަކު މަޖިލީހުގައި ނެތްނަމަ ދާއިރާގައި މެންބަރަކު ހުރި ކަމަކަށް ނުބެލޭނެއެވެ. ދާއިރާއެއް ތަމްސީލުކުރާން މެންބަރަކު ނެތިދާ މުއްދަތުގައި ނިންމާ އެއްވެސް ކަމެއްގައި އެދައިރާ އެހިދަށް ތަމްސީލެއް ނުވާނެއެވެ. މަޖިލީހުން އެހާލަތުގައި ނިންމާ އެއްވެސް ނިންމުމެއްގައި އެދާއިރާގެ މެންބަރުގެ ބަހެއް ނުލިބޭނެއެވެ. ދާއިރާއެއް އޮތަސް ހުސް ގޮނޑިއެއް ހުއްޓަސް އެދައިރާގައި މެންބަރަކު ނުހުންނާނެއެވެ. 

    ސްޕްރީމް ކޯޓުން ބުންޏަސް ނެތް އެއްޗަކީ އޮތް އެއްޗަކަށް ނުވާނެއެވެ. ނެތް އެއްޗެއް އޮތްކަމަށް ބަލައިގެން ކަންކަން ނިންމުމަކީ ވެވޭނެ ކަމެއް ނޫނެވެ. 

    ]]>
    Tue, 12 Mar 2024 20:33:07 +0500 ނިއުސް ޑެސްކް
    ރައްބާއި ރަސޫލު ހަނގުރާމަ އިއުލާން ކުރެއްވި ފާފަ: ރިބާ https://heerasnews.com/2318 https://heerasnews.com/2318 އިސްލާމްދީނުގައި ރިބާވަނީ ހަރާމް ކުރައްވާފައެވެ. ގިޔާމަތް ދުވަހު ރިބާ ކާމީހުން ތެދުވާނެ ގޮތް ކީރިތި ގުރުއާނުގައި ސިފަކުރައްވާފައިވެއެވެ. މާތް ވެގެންވާ ބަގަރާ ސޫރަތުގެ 275 ވަނަ އާޔަތުގައި އާލަމުތަކުގެވެރި ރައްބު ވަހީކުރައްވާފައިވެއެވެ.

    "ރިބާ ކާމީހުން ދަންނައެވެ. ފަހެ ޝައިތާނާ އަވަލުމުގެ ސަބަބުން މޮޔަވެ ދެބަންދިހާރަވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ އެބައިމީހުން ގިޔާމަތް ދުވަހު ނުތެދުވާނެތެވެ. އެހެނީ، އެބައިމީހުން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. ނަމަވެސް އާލަމްތަކުގެވެރި ރައްބު ވަނީ ވިޔަފާރި ކުރުން ހުއްދަ ކުރައްވާފައެވެ. އަދި ރިބާވަނީ ހަރާމްކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރައްބުގެ ހަޒްރަތުން ދެއްވާ ވައުޒާއި ނަސޭހަތް، އެމީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް ދެން އިސްވެދިޔައީއެވެ. (އެބަހީ: ރިބާގެ ހުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި އެމީހެއްގެ ކަންތައްއޮތީ، އާލަމްތަކުގެވެރި ރައްބަށް ހާއްސަވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެބައިމީހުންނީ އެތަނުގައި ދެމިތިބެނިވި ބަޔެކެވެ." 

    ޖެހިގެން އޮތް 276 ވަނަ އާޔަތުގައި ވަހީ ކުރައްވާފައި ވަނީ ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ސޮދަގާތް ދިނުމަކީ މޮޅުއިތުރު ކަމެއް ކަމުގައެވެ. ސޮދަގާތުގެ ބަރަކާތް ދުނިޔޭގައި އިތުރު ކުރައްވައި، އާހިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވާނެ ކަމަށެވެ. ފާފަވެރި، އެއްވެސް ކާފިރަކު ދެކެ، ލޯބިވެ ވޮޑިގެނެއް ނުވާކަމަށެވެ. 

    އަނެއް ކޮޅުން ހަމަ އެ ސޫރަތުގެ 278 ވަނަ އާޔަތުގައި ވަހީކުރައްވާފައި ވަނީ، އެއިލާހަށް ބިރުވެތިވުމަށެވެ. އީމާންވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ. ހަމައެއާއިއެކު 279 ވަނަ އާޔަތުގައި އިންޒާރު ކުރައްވާފައި ވަނީ ރިބާ ކެއުން ހުއްޓާ ނުލައިފި ބައެއްގެ މައްޗަށް އާލަމު ތަކުގެވެރި ރައްބާއި އެ އިލާހުގެ ރަސޫލާ، ހަނގުރާމަ އިއުލާން ކުރައްވާ ކަމަށެވެ. އިންސާނެއްގެ މައްޗަށް އޭނާގެވެރި ރައްބާއި އެ އިލާހުގެ ރަސޫލާ ހަނގުރާމަ އިއުލާން ކުރެއްވުމުގެ ނުރައްކާތެރި ކަމުގެ ބޮޑުކަމާއެވެ.

    ބަޔާންވެ ދިޔަ އާޔަތްތަކުގައި ރިބާ ކާމީހާއަށް ލިބެން އޮތް ފަސް ވައްތަރެއްގެ އުގޫބާތެއް ބަޔާން ކުރައްވާފައިވެއެވެ. 

    • ފުރަތަމަ އުގޫބާތަކީ އޭނާ ގިޔާމަތް ދުވަހު ގަބުރުން ތެދުވާނީ، އަދި ގިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިތާނާގެ ބީހުމުން މޮޔަވެފައިވާ މީހަކު ކޮއްޅަށް ހުންނަހެން، ވެއްޓިވެއްޓި ހުރުމެވެ.
    • ދެވަނަ އުގޫބާތަކީ، ރިޒުގުން ބަރަކާތް ކެނޑުމެވެ.
    • ތިންވަނަ އުގޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލައި މީހަކާ ދެކޮޅަށް އާލަމުތަކުގެވެރި ރައްބާއި އެ ކަލާނގެ ރަސޫލާ ހަނގުރާމަ އިއުލާން ކުރެއްވުމެވެ.
    • ހަތަރުވަނަ އުގޫބާތަކީ، ރިބާ ހަރާމްކަން އެނގިހުރެ އެ ކާމީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާއަކީ ފާސިގަކަށްވުމެވެ.
    • ފަސްވަނަ އުގޫބާތަކީ، ނަރަކައިގެ ދިގުދެމިގެންވާ އަޒާބު ލިބުމެވެ.

    ޔަހޫދީން ކަމުގައިވީ މީހުންނަށް ހަލާލު ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ހަރާމް ކުރެއްވި ސަބަބެއްކަމުގައި އެ ބައިމީހުން ރިބާ ހިފުން ހިމެނިގެންވާކަމަށް ސޫރަތުއްނިސާ ގެ 160 އަދި 161 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ. 

    ރިބާ ހަރާމް ކުރެއްވުމުގެ ހިކުމަތް:

    1. އަނިޔާވެރިކަމުގެ ދޮރުތައް ހުޅުވުން.
    2. ފަގީރުން އިތުރަށް ފަގީރުވުން.
    3. ފައިދާހުރި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ރޫހު ނެތިގެން ދިޔުން.
    ]]>
    Tue, 12 Mar 2024 18:04:52 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: އަންނާރުފަނި https://heerasnews.com/2317 https://heerasnews.com/2317 ހީރަސް ސުފުރާއަށް މިފަހަރު ގެނެސް ދޭނީ އަންނާރު ފަންޏެވެ. ރޯދަ ވީއްލާ ސުފުރާ މައްޗަށް ފިސާރި ކަމުދާ މީރު ފައިދާހުރި ބުއިމެއް ކަމުގައި އަންނާރުފަނީ ވާނެއެވެ.

    ބޭނުންވާތަކެތި:

    1 ޖޯޑު އަންނާރުއޮށް

    2 މޭޒުމަތީސަމުސާ ހަކުރު

    ¼ މޭޒުމަތީސަމުސާ ލޮނު

    1 ޖޯޑު ފެން

    އައިސްކިއުބް

    މިންޓް ލީފް

    ލުނބޯ

    ތައްޔާރުކުރާނެ ގޮތް

    އަންނާރާއި ފެނާއި ހަކުރާއި ލޮނު އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ހިމުންކޮށްލާށެވެ. އޭގެފަހުން ފުރާނާލާށެވެ. 

    ބިއްލޫރި ތައްޓަކަށް ދެތިން މިންޓް ލީފާއި ލުނބޯފޮއްޗަކާއި އައިސްކިއުބް އެޅުމަށް ފަހު ތައްޔާރުކުރި އަންނާރު ޖޫސް ފޮދު އެތަށީގެ ތެރެއަށް އަޅާލާށެވެ. މިހާރު އެހުރީ އަންނާރުފަނި އެންމެ ރަނގަޅަށް ގިރިފައެވެ.

    ރޯދަ ވީއްލުމުގެ ސުފުރާ މައްޗަށް ނެރުމަށް ވަކިން ފައިދާބޮޑު ވަކިން މީރު ފަންޏެއް ހަމަ މަދުވާނެއެވެ.

    ]]>
    Tue, 12 Mar 2024 16:27:08 +0500 ނިއުސް ޑެސްކް
    ތިބޭ މީހުނަށް ކިޔާނަމަކުން އިންޑިއާއަށް އެޅޭހުރަހެއްނެތް https://heerasnews.com/2316 https://heerasnews.com/2316

    ސަރަހައްދު ބެލެހެއްޓުމަށާއި ރެސްކިއު އޮޕަރޭޝަންގައި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓެއް ރާއްޖޭގައި ބޭނުން ކުރާތާ 12 ވަރަކަށް އަހަރު ވެއްޖެއެވެ. އޭގެތެރެއިން އެއް ހެލިކޮޕްޓަރ އޮންނަނީ އައްޑު އަތޮޅު ގަމުގައެވެ. އަނެއް ހެލިކޮޕްޓަރު އޮންނަނީ ހަނިމާދޫގައެވެ. ގެނައިއްސުރެ ވައިގެ އެ އުޅަދުތައް ދުއްވާ ބަލަހައްޓަމުން އައީ އިންޑިއާގެ ޓެކްނިކަލް މީހުންނެވެ.

    އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓަކީ އިންޑިއާ އަޝްކަރިއްޔާގެ އުޅަދު ތަކެކެވެ. އަޝްކަރީ އުޅަދު ފަހަރު ދުއްވާ ބެލެހެއްޓުމަކީ އަޝްކަރީ މީހުން ކޮށްއުޅޭ ކަމެކެވެ. އެހެން ކަމުން އެއްބަސްވުމެއްގެ ދަށުން އެ އުޅަނދު ފަހަރު ދުއްވާ ބަލަހައްޓަން ތިބެނީވެސް އިންޑިއާ އަޝްކަރިއްޔާގެ ޓެކްނިކަލް މީހުންނެވެ. އަޝްކަރީ އުޅަނދު ފަހަރު ދުއްވާ ބަލަހައްޓާކަށް މަދަނީންނެއް އެއްވެސް ތާކު ނުތިބޭނެއެވެ. 

    ކަނޑުމަގުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ ކޯސްޓް ގާރޑްގެ އުޅަނދު ފަހަރެވެ. ކޯސްޓް ފަހަރު ދުއްވާ ބަލަހައްޓަނީ މަސް އޮޑިފަހަރު ދުއްވާ ކެޔޮޅުންނާއި ފަޅުވެރިންނެއް ނޫނެވެ. ކޯސްޓްގާރޑް އުޅަދު ފަހަރު ދުއްވާ ބަލަހައްޓަނީ ރާއްޖޭގެ ސިފައިންގެ ތެރޭގައި ތިބި އެކަމުގެ ޓެކްނިކަލް މީހުންނެވެ. މަދަނީންނެއް ނޫނެވެ. 

    ސިޔާސީ ގޮތުން ކިތަންމެ ބޮޑަށް މަތިއަޅަން އުޅުނަސް ރާއްޖޭގައި ގެންގުޅޭ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓްގެ ކަންކަން ކުރާނީ އިންޑިއާގެ އަޝްކަރިއްޔާއިންނެވެ. އެތާނގެ ޓެކްނިކަލް މީހުންނެވެ. އިންޑިއާގެ އާއްމުންނެއް ނޫނެވެ.

    އިންޑިއާއަކީ އަޝްކަރީ ގޮތުން ކުޅޭކުޅޭ ގައުމެއްނޫނެވެ. އިންޑިއާގެ އަޝްކަރީ އުޅަދުތަކެއް މަދަނީންނާ ހަވާލުކޮށްފައި ބޭއްވުމަކީ މުސްތަހީލު ކަމެކެވެ. ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލަހައްޓަން ކުރިއަކުވެސް މިހާރަކުވެސް ރާއްޖޭގައި ތިބީ ހަތިޔާރުއެޅި ހަނގުރާމަ މަތީ އިންޑިއާ ސިފައިނެއް ނޫނެވެ. އޭރުވެސް މިހާރުވެސް ތިބީ ޓެކްނިކަލް މީހުންނެވެ.   

    އައްޑޫގައި ތިބި އިންޑިއާ ސިފައިން ފުރާފައިވާ ކަމަށް ބުނެ އޮޅުވަލާނެ ކަމެއް ނެތެވެ. ކުރިން ގަމުގައި ތިބި އިންޑިއާ ސިފައިން ފުރީ ކަމަށް ވެދާނެއެވެ. އައްޑޫ ގަމުގައި އޮތް ހެލިކޮޕްޓަރާ ހަވާލުވީ އިންޑިއާގެ 26 މަދަނީން ކަމަށް މުއިއްޒު ސަރުކާރުން ބުންޏަސް އެއީ ތެދެއް ނޫނެވެ. އައްޑޫ ގަމުގައި އޮތް ހެލިކޮޕްޓަރާ ހަވާލުވީ އިންޑިއާގެ 26 މަދަނީން ކަމަކަށް އިންޑިއާއަކުން އެންމެ ފަހަރަކުވެސް ނުބުނެއެވެ.  

    އިންޑިއާއިން މިހާތަނަށް ބުނަމުން އަންނަނީ ރާއްޖެ ފޮނުވީ އެ ގައުމުގެ ޓެކްނިކަލް މީހުން ކަމަށެވެ. އިންޑިއާއިން ފޮނުވީ މަދަނީންކަން ކަށަވަރުކުރާ ގޮތެއް މިހާތަނަށް މުއިއްޒު ސަރުކާރަކަށް ބުނެއެއް ނުދެވެއެވެ. ބުނެއެއް ނުވެސް ދެވޭނެއެވެ. މުއިއްޒު ސަރުކާރުން އެބުނާ މަދަނީންގެ ފޮޓޯއެއް ނަމެއްހާ ހިސާބު ވެސް އަދި ހާމައެއް ނުކުރެވެވެ.

    ހަމަ އެކަނި އިންޑިއާއިން އެކުރާ ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ އަޝްކަރިއްޔާގެ ޓެކްނިކަލް 89 މީހުންގެ ގެންގޮސް އައު ބެޗެއް ޑިއުޓީއަށް ފޮނުވުމެވެ. މަދަނީންނޭ ކިޔަސް ޓެކްނިކަލް މީހުންނޭ ކިޔަސް ސިފައިންނޭ ކިޔަސް އިންޑިއާއަށް މާ ބޮޑު ފަރުވާލެއްނެތެވެ. އަޝްކަރީ އެ ތިން އުޅަނދު ރާއްޖޭގައި ބާއްވައިގެން އިންޑިއާއިން ނަގަން ބޭނުންވާ ފައިދާއެއް ނެގުމަކަށް ތިބޭ މީހުނަށް ކިޔާނަމަކުން އެޅޭ ހުރަހެއްނެތެވެ. 

    ]]>
    Mon, 11 Mar 2024 20:35:13 +0500 ނިއުސް ޑެސްކް
    ދަމުނަމާދު ކުރާނީ މިގޮތަށް https://heerasnews.com/2315 https://heerasnews.com/2315 ދަމުނަމާދު ކުރެވޭނެ ވަރަށް ގިނަ ގޮތްތައްވެއެވެ. އިޝާ ނަމާދުގެ ސުންނަތަށްފަހު ނިދުމުގެ ކުރިން އެއް ރަކުއަތް ވެސް ކުރެވިދާނެއެވެ. ދެ ރަކުތް ނުވަތަ އެއަށްވުރެ އިތުރަށްވެސް ކުރެވިދާނެއެވެ. ބޭނުން ނަމަ ރޭގަނޑުގެ ފަހު ބަޔަށް، ނުވަތަ ރޭ ދެބައިވަންދެން ވެސް ދަމުނަމާދު ލަސްކޮށްލެވިދާނެއެވެ.

    އިޝާނަމާދުގެ ފަހުން ނިދާލުމަށް ފަހު ދަމުނަމާދަށް ތެދުވެ ފުރަތަމަ ލުއި ކޮށް ދެރަކުއަތް ކޮށްލާށެވެ. އެ މީހަކަށް ފަސޭހަ މިންވަރަކަށް ނަމާދު ދިގުކުރެވި ދާނެއެވެ. ދެރަކުއަތުން ސަލާމްދެމުން 4 ރަކުއަތް ނުވަތަ 6 ރަކުއަތް ނުވަތަ 8 ރަކުއަތް ނުވަތަ 10 ރަކުއަތް ވެސް ކުރެވިދާނެއެވެ. އެއަށްފަހު ވިތުރީގެ އެއް ރަކުއަޓް ކުރާނީއެވެ.

    ކީރިތި ރަސޫލާ އަމަލު ކުރެއްވި ކަމަށް ބޮޑަށް ބުރެވެވެނީ މިގޮތަށެވެ. ބައެއްފަހަރު 3 ރަކުއަތުން ނުވަތަ 5 ރަކުއަތުން، ނުވަތަ 7 ރަކުއަތުން ވިތުރި ކުރައްވާފައިވާ ކަމަށް ރިވާވެގެން ވެއެވެ. 10 ރަކުއަތް ކުރެއްވުމަށް ފަހު އިތުރަށް 1 ރަކުއަތް ކުރައްވާ ކަމަށް ވެއެވެ. ކޮންމެ 2 ރަކުތަކުން ސަލާމް ދެއްވަމުން 10 ރަކުއަތް ކުރެއްވުމަށް ފަހު ވިތުރީގެ 1 ރަކުއަތުން ކުރައްވައެވެ.

    ސަލާމް ނުދެއްވާ 7 ރަކުއަތް އެއްކޮން ދަމުނަމާދު ކުރައްވާ ކަމަށް އައިޝަތުގެފާނު ރިވާކުރައްއެވެ. ބައެއް ފަހަރު 6 ވަނަ ރަކުއަތުގައި ފުރަތަމަ އައްތަހިއްޔާތަށް އިށީނދެވަޑައިގެން އިންނެވުމަށްފަހު ސަލާމް ނުދެއްވާ 7 ވަނަ ރަކުއަތަށް ތެދުވެވަޑައިގެން ނަމާދު ފުރިހަމަ ކުރައްވާފައިވެސް އެބަހުއްޓެވެ.

    ބައެއް ފަހަރު ސަލާމް ނުދެއްވާ 5 ރަކުއަތް ކުރައްވައެވެ. ފަހު ރަކުއަތުގައި މެނުވީ އައްތަހިއްޔާތަށް އިށީނދެވަޑައި ނުގަންނަވައެވެ.

    ބައެއްފަހަރު، ޖުމުލަ 13 ރަކުއަތް ދަމުނަމާދުގައި ކުރެއްވުމުގައި 2 ރަކުއަތުން ސަލާމް ދެއްވަމުން 8 ރަކުއަތް ކުރެއްވުމަށް ފަހު ސަލާމް ދެއްވުމެއް ނެތި އެއްފަހަރާ، 5 ރަކުއަތުން ވިތުރި ކުރައްވައެވެ.  

    ސަލާމް ދިނުމެއް ނެތި އެއްފަހަރާ 9 ރަކުއަތުން ވިތުރި ކުރައްވައެވެ. 8 ވަނަ ރަކުއަތުގައި ފުރަތަމަ އައްތަހިއްޔާތަށް އިށީނދެވަޑައިގަންނަވައެވެ. ދެން ތެދުވެވަޑައިގެން 9 ވަނަ ރަކުއަތް ކުރެއްވުމަށްފަހު ސަލާމް ދެއްވައެވެ.

    މިހުރިހާ ގޮތަކީވެސް ނަބިއްޔާ ގެ އަރިހުން ސާބިތުވާ ގޮތްގޮތެވެ. އެހެނަސް އެންމެ މޮޅު އިތުރު ގޮތަކީ 2 ރަކުއަތުން ސަލާމް ދެމުން ދަމުނަމާދު ކުރުމެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. "ރޭގަނޑުގެ ނަމާދުވަނީ ދެ ރަކުއަތުން ދެ ރަކުއަތުންނެވެ." އެބަހީ 2 ރަކުއަތުން 2 ރަކުއަތުން ކުރުމެވެ. ކޮންމެ 2 ރަކުއަތަކުން ސަލާމް ދެމުން ކުރުމެވެ. އެހެން ކަމުން އެންމެ ފަހުން ވިތުރީގެ 1 ރަކުއަތް ކުރުމެވެ. މިއީ އެންމެ މޮޅު އިތުރު އަދި އެންމެ ފުރިހަމަ ގޮތެވެ.

    އެހެންވިޔަސް ކުރިން ބަޔާން ކުރެވުނު ގޮތްތަކުގެ ތެރެއިން އެހެން ގޮތެއް ހިޔާރު ކުރިޔަސް މައްސަލައެއް ނެތެވެ. މިބުނި ގޮތްތަކަކީ:- 

    • 1 ރަކުއަތުން ވިތުރި ކޮށް އެއަށްވުރެ އިތުރު ނުކުރުން.
    • 3 ރަކުއަތުން ވިތުރި ކުރުން: 2 ރަކުޢަތް ކޮށްފައި ސަލާމް ދިނުމަށްފަހު އެއް ރަކުއަތްކުރުން، ނުވަތަ 3 ރަކުޢަތް އެއްކޮށް ފަހު ރަކުއަތުގައި އެކަނި އައްތަހިއްޔާތަށް އިނުން.
    • 5 ރަކުއަތުން ވިތުރި ކުރުން: ކޮންމެ 2 ރަކުއަތަކުން ސަލާމް ދެމުން 4 ރަކުއަތްކޮށް ވަކިން 1 ރަކުއަތް ކުރުން. އެގޮތް މާ އިތުރުވެގެންވެއެވެ. 5 ރަކުއަތް އެއްކޮން ކޮށް ހަމައެކަނި ފަހު ރަކުއަތުގައި އައްތަހިއްޔާތަށް އިނުންވެސް މައްސަލައެއް ނެތެވެ.

    މިހުރިހާ ގޮތަކީވެސް ޝަރުއު ކުރައްވާފައިވާ ގޮތްތަކެކެވެ. ވާޖިބު ވެގެންވަނީ އަވަސް އަރުވައިނުލާ، ހުޝޫއަތްތެރިކަމާއި މަޑުމައިތިރިކަމާއެކު ނަމާދުކުރުމެވެ. ވީހާވެސް ހުޝޫތްތެރިކަން އިތުރުވުން މޮޅުއިތުރުވެގެންވެއެވެ. ކިޔެވުމުގައި އަވަސް އަރުވައި ނުލުމެވެ. އަޑު ހަރުކޮށް ކިޔެވުމާއި ސިއްރުން ކިޔެވުމުގައި އިހުތިޔާރު ލިބިގެންވެއެވެ. 

    އިހުތިޔާރު ލިބިގެން ވުމުން ކޮންމެ ކަމެއްވެސް ކުރާނީ އެމީހަކަށް އެންމެ ފައިދާހުރި ގޮތަކަށެވެ. ދަމުނަމާދުގައިވެސް އޮންނާނީ އެގޮތެވެ. އެންމެ ބޮޑަށް ހުޝޫއަތްތެރި ވެވެނީ އަދި ނަމާދުން ރާޙަތު ލިބެނީ މަޑުން ކިޔެވުމުން ކަމުގައިވާނަމަ އެގޮތަށް ޢަމަލު ކުރުމުގައި މައްސަލައެއް ނެތެވެ. އެހާލަތުގައި އެއީ އެންމެ މޮޅުއިތުރު ގޮތެވެ. އެންމެ ބޮޑަށް ހުޝޫއަތްތެރިވެވެނީ އަޑު ހަރުކޮށް ކިޔެވުމުން ކަމުގައި ވާނަމަ ބަޔަކަށް އުނދަގޫ ނުވާނަމަ އަޑުހަރުކޮށް ކިޔެވުމުގައިވެސް މައްސަލައެއް ނެތެވެ.

    ނަމަވެސް އެހެން މީހުންނަށް އުނދަގޫ ނުވާ ހާލަތް ތަކުގައި މެނުވީ އަޑު ހަރުކޮށް ނުކިޔަވާށެވެ. ވަށައިގެން ނަމާދުކުރާ މީހުންނާއި ނިދާފައި ތިބޭ މީހުންނަށް  އުނދަގޫ ވެދާނެތީ އެބައިމީހުންގެ ހާލަށް ރިޔާއަތްކޮށް ސިއްރުން ކިޔެވުން މޮޅު އިތުރެވެ. ރަމަޒާން މަހު ބޮޑު ޖަމާއަތް ހަދައިގެން ކުރެވޭ ދަމުނަމާދުގައި ސިއްރުން ކިޔެވުމަށްވުރެ މޮޅުއިތުރީ އަޑުހަރު ކުރުމެވެ. 

    ރިފަރެންސް: ސޮފްހާ 21-24، ފަތާވީ ނޫރު އަލައްދަރުބި ލިސަމާހަތު، ޝައިހު އަބްދުއްލާ އިބްން ބާޒް

    ]]>
    Mon, 11 Mar 2024 18:09:07 +0500 ނިއުސް ޑެސްކް
    ހީރަސް ސުފުރާ: ހުތް ކުކުޅު https://heerasnews.com/2314 https://heerasnews.com/2314 ހީރަސް ސުފުރާއަށް މިފަހަރު ގެނެސް ދޭނީ ހުތް ކުކުޅު ނުވަތަ ލެމަން ޗިކަން ހަދާނެ ގޮތެވެ. ރޯދަ ވީއްލާ ސުފުރާ މައްޗަށް ކަމުދާ މީރު ކެއުމަކަށް ހުތް ކުކުޅު ވެގެންދާނެއެވެ.

    ބޭނުންވާ ތަކެތި: 

    ½ ކިލޯ ކުކުޅު މަސް

    2 ލުނބޯ

    3 ލޮނުމެދު

    ¼ ޖޯޑު ކޮރިއެންޑަރ ފަތް

    1 ސައި ސަމުސާ ދިރި (ހިމުންކޮށްފަ)

    ½ ސައި ސަމުސާ ތެޅިމިރުސް

    1 ސައި ސަމުސާ ލޮނު

    ½ ސައި ސަމުސާ އަސޭމިރުސް

    3 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް

    1 މޭޒުމަތީ ސަމުސާ މާމުއި

    ތައްޔާރުކުރާނެ ގޮތް:  

    ކޮރިއެންޑަރފަތް ކޮޅު ކުދިކޮށް ކޮށާފަ ތައްޓަކަށް އަޅާށެވެ. ލުނބޮއެއްގެ ތޮށި ގޭނާލުމަށް ފަހު އޭގެތެރެއަށް އަޅާށެވެ. އަދި ލުނބޯހުތް ވެސް އަޅާށެވެ. ލޮނުމެދުވެސް ގާނާފަ އަޅާށެވެ. އޮލިވްއޮއިލް، ދިރި، ތެޅިމިރުސް، ލޮނު، އަސޭމިރުސް، މާމުއި އަޅާފަ މިހުރިހާ ބާވަތެއް އެއްކޮށްލާށެވެ.

    ބުނެވި ދިޔަގޮތަށް އެއްކޮށް ލައިގެން ހެދުނު ހަވާދުގަނޑު ކުކުޅުމަސްކޮޅުގަ ރަނގަޅަށް ހާކާލުމަށްފަހު 30 މިނިޓަށް އައިސްއަލަމާރީގައި ބަހައްޓާށެވެ.

    ތަވައަށް ތެޔޮފޮދެއް އެޅުމަށްފަހު ހޫނުވުމުން މަޑުގިނީގައި ކުކުޅުމަހުގެ ކުލައަށް ބަދަލުއަންނަ ވަރަށް ތެލުލާށެވެ. އެއަށްފަހު އަވަނުގައި 15 ވަރަކަށް މިނިޓަށް ކުކުޅުމަސްކޮޅު ފިހެލާށެވެ.  

    ރަނގަޅަށް ފިހެލެވުމުން ގާރނިޝް ކޮށްލުމަށް ފަހު ސުފުރާ މައްޗަށް ނަގާށެވެ.

    ]]>
    Mon, 11 Mar 2024 16:50:08 +0500 ނިއުސް ޑެސްކް
    އޭރުގެ ރޯދަމަސް: ސައީދުގެ ގަލަމުން https://heerasnews.com/2313 https://heerasnews.com/2313 ރޯދަ ކުރުނބާގައި ވާޖަހާފައި ވަޅަށް ތިރި ކުރަނީ ފިނިކުރާށެވެ. ދެންދަނީ ސަންގުފުމޭ ތަންބަލާށެވެ. ސަންގު ފުމުމާއެކު ގެއަށް ދަނީ ދުވެފައެވެ. ރޯދަ ވީއްލަނީ ތިން ފަހަރު ފެނުން ކޯދޮވެލައިގެންނެވެ. ރޯދަ ވީއްލުމަށް "ކޯދޮވުމޭ" ކިޔަނީ އެހެންވެތާއެވެ. އެއީ އައިސް އަލަމާރިއާއި ފުރިޖުފަދަ ތަކެތި ރަށްފުށުގައި ގެންގުޅުނު ޒަމާނެއް ނޫނެވެ. ރޯދަ ވީއްލައިގެން ބޯލަން ތައްޔާރުކުރާ ރޯދަ ކުރުނބާ ވަޅަށް ތިރިކުރަނީ ޭއެހެންވެއެވެ. އެ ކުރުނބާ ކާފަ މަށަނީ ވަކި ގޮތަކަށެވެ. ކުރުނބާގެ ލޯކޮޅުގެ ބޮނބިގަނޑު ނުވަތަ ކިހައްގަނޑު މައްޗަށް އޫކޮށެވެ. ކުރުނބާގެ ފޫކޮޅު ހުންނަނީ ނާށި ފެންނަވަރަށް މަށާ އޮމާން ކޮށްފައެވެ. 

    އެއީ ވޯކުޓޯކީގެ ދުވަސްވަރެވެ. ރޯދައަށް ހަނދު ފެނުމުން ހުޅުޖެހި ޒަމާން އޮތީ އަޅުގަނޑުމެންނާ ހަމައަށް އައިއިރު ފާއިތުވެފައެވެ. އޭރު އަތޮޅު އޮފީސްތަކުގައި ރޭޑިޔޯ ސެޓުތައް ބަހައްޓައިގެން މާލެއާ ވާހަކަ ދައްކައެވެ. އަތޮޅު އޮފީހުން ރަށްރަށާ ވާހަކަ ދައްކަނީ ވޯކީޓޯކީންނެވެ. އެއީ އަޑު ސާފުކުރަން ވޯކީޓޯކީ ހިފައިގެން ރޭގަނޑަށް ކަތީބުން އަތިރިމައްޗަށް ނުކުމެ އެހެލާފައިހުންނަ ވަދުދޯނިފަހަރުގެ ފައްގަނޑު މަތީގައި މެސެޖު ލިޔުން ޒަމާނެވެ. ޓޯޗުބައްތީގެ ޒަމާނެވެ. ވޯކިޓޯކީން ދައްކާ ވާހަކަ އަޑުއަހަން ވައިދަށުގައި ދުރުދުރުން ސިއްރުސިއްރުން މީހުން އުޅުނު ދުވަސްވަރެވެ. ހަނދު ފެނުނުކަން އަންގަނީ ވޯކީޓޯކީންނެވެ. އެކަމަކު އޭރުވެސް ހަނދު ފެނުމުން އުފާފާޅުކުރުމުގެ ގޮތުން ބައެއް ރަށްރަށުގައި ހުޅުޖަހައެވެ. މޫސުން ގޯސްވެ އަޑު ނުސާފުވެގެން ހަނދުފެނުނީ ކަމެއް ނުވަތަ ނޫންކަމެއް ސާފުނުވެ ޝައްކެއްގެ މަތީގައި ވެސް ބައެއް ރަށްރަށު މީހުން އުޅެންޖެހެއެވެ. ހަނދު ފެނުނުކަން ރައްޔިތުންނަށް އަންގަނީ ސަންގު ފުމެގެންނެވެ. ނޫނީ ގޮވާ މީހަކު ރަށުތެރޭގައި ގޮވައިގެންނެވެ. ބައެއް ފަހަރު އެ ކަށަވަރުކަން އެނގެނީ ވަރަށް ދަންވާ ފަހުންނެވެ. މުލުރޯދަ ދުވަހު ހާރުނުކާތީއާއި ނިޔަތް ނުކިޔިގެން ބައެއް މީހުން ރޯދައަށް ނުތިބޭ ފަހަރު ވެސް އާދެއެވެ. މިފަދަ މައްސަލަތައް ރޭޑިޔޯ އާންމުވުމުން މަދުވެގެން ދިޔައެވެ. މާލެއިން ވެސް ބައެއް ފަހަރު ހަނދާމެދު ގޮތެއް ނުނިމި ލަސް ވެސް ވަނީއެވެ.

    އަޅުގަނޑުމެން ހޭލައިގެންއިރު ރޭޑިޔޯ ދިޔައީ އާންމުވަމުންނެވެ. ކޮންމެ ރަށު އޮފީހަކަށް ސަރުކާރުން ރޭޑިޔޯއެއް ފޮނުވާފައި ހުރެވެ. މަދުމަދު ގޭގޭގައި ރޭޑިޔޯ ވަރަށް ޢިއްޒަތުގައި މަތިން ފޮތި އަޅައިގެން ގެންގުޅެއެވެ. ބޯޓު ދަތުރުކުރާ މީހުން ކެސެޓު ރޭޑިޔޯ ގެންގޮސް ލަވައާއި ބަދުރު މާލޫދު ޖަހާ އުޅެއެވެ. ބަދުރުމާލޫދު އަޑުއަހަން އެގޭގޭ ދޮށުގައި މީހުން ތިބެއެވެ.

    ކުއްލިއަކަށް ރޭޑިޔޯ ރަށުތެރެއަށް އާންމުވެއްޖެއެވެ. އަޅުގަނޑު ވެސް އައީ ބޮޑުވަމުންނެވެ. އެ ހިސާބުން ރޯދަމަހު އެންމެންގެ ވެސް އެންމެ ގާތްއެކުވެރިޔަކީ ރޭޑިޔޯއެވެ. އެހެން މަސްތަކަށްވުރެ ފޮނުވާ ޕްރޮގްރާމުތައް ގިނަވެފައި ތަފާތެވެ. އެހެން މަސްތަކާ ޚިލާފަށް ރޭޑިޔޯ ފެށޭގަޑިއާއި ނިންމާލާ ގަޑި ވެސް ލަސްވާނެއެވެ. ރޭޑިޔޯ އިން ރޯދަމަހު ފޮނުވާ ޚާއްޞަ ޕްރޮގްރާމުތަކުގެ ތެރެއިން އަޅުގަނޑު އެންމެ ޝައުޤުވެރިވަނީ ޝެއިޚު ފާރޫޤު ހުށައަޅުއްވާ އުލޫމުލް ޤުރުއާނާއި، ކުރުވާހަކަ މުބާރާތާއި، ކީރިތި ރަސޫލާގެ ސިޔަރަތެވެ. އަދި ކޮންމެ ދުވަހެއްގެ އަސުރު ނަމާދުގެ ފަހުން ފޮނުވާ ދީނީ ނަސޭހަތާއި، ރޯދަ ކުރުކުރުމެވެ. ރައީސް މައުމޫނުގެ އަޑުފުޅުން ފޮނުވާ ރޯދައިގެ އަލި ވަރަށް ޚާއްޞައެވެ. އެ ޕްރޮގްރާމަށްފަހު ބަންގި ގޮވާތީއެވެ. ރޭގަނޑުގެ އެންމެ ޚާއްޞަ ޕްރޮގްރާމަކީ ލޯބީގެ ދަރުބާރެވެ. އަދި އެކެއް ޖަހަންދެން ދޮހޮއްކޮބޭ ހުށަހަޅައިދޭ ލަވައިގެ ދިގު ޕްރޮގްރާމެވެ. އޭރުގެ ރޯދަ މަސްތަކުގައި އެންމެ ގިނައިން ރޭޑިޔޯއިން އިވޭ އެއް އަޑަކީ އަލްއުސްތާދު އިބްރާހިމް ރަޝީދު މޫސާގެ އަޑެވެ. ބޭރުގެ އިލުމުވެރިންގެ ދަރުސްތައް އެމަނިކުފާނު ވަގުތުން ތަރުޖަމާކޮށް ދިނުމުގައި އަވަދިނެތި އުޅުއްވާތީއެވެ. އުސްތާޛު ރަޝީދުގެ އަޑު ދޭތެރެ ދޭތެރެދޭތެރެއިން ނޫނީ އިރުއިރުކޮޅުން ރޭޑިޔޯއިން ހުންނާނީ އިވިއިވިއެވެ. ރެޑިޔޯއިން ފޮނުވަންފެށި ދީނީ ސުވާލު މުބާރާތާއެކު އެމަނިފާނުގެ އަޑު އިވޭލެއް އިތުރުވެގެން ދިޔައެވެ.

    ރޯދައަކީ ރަށަށް އަންނަ ހާއުފާވެރި އީދެކެވެ. އާންމުކޮށް މިސްކިތްތަކަށް ނާރާ މީހުން ވެސް ބަރާބަރަށް މިސްކިތަށް ގޮސް އުޅެއެވެ. މާލެ ފައިބާތިބޭ މީހުން ރަށަށް ދާތީ އާބާދީ ވެސް އިތުރު ވެއެވެ. ލައިގެންކާނެ މަސް ބާނަން ރިޔާ ދޯނިތަކުގައި ވަދާދާ މީހުން ފިޔަވައި ދިރިއުޅުމުގައި ބުރަ މަސައްކަތެއް ކުރާތީއެއް ނުފެނެއެވެ. އަޅުގަނޑުގެ އުފަން ރަށުގައި (ނ. މަނަދޫގައި) ދުވާލުގެ ގިނަ ވަގުތުތައް ފިރިހެންވެރިން ހޭދަކުރަނީ އަތިރިމަތީގައި ހުންނަ ހޮޅުއަށިތަކުގައެވެ. ޚާއްޞަކޮށް "ރުންމަގު" ގައެވެ. އެއީ އެ ހޮޅުއަށީގެ ނަމެވެ. އަންހެންވެރިން އުޅޭނީ ބަދިގޭގައެވެ. ސްކޫލުތަކާއި އެދުރުގެތައް ވެސް ހުންނަނީ ބަންދުކޮށްފައެވެ.

    އެ ޒަމާނުގައި ދީނީ ހޭލުންތެރިކަން ކުޑަކަމުން ވަރަށް ގިނަ ކަންކަން މިހާރާ ތަފާތެވެ. އެއް ކަމަކީ ރޯދައަށް ނިޔަތް ކިޔުމާއި ހާރު ކެއުމެވެ. ހާރުކާން ނުހޭލެވުނަސް އެ މީހަކު ރޯދައެއް ނުވާނެއެވެ. ބައެއް މީހުން ހާރުކެޔަސް ނިޔަތް ނުކިޔާ އޮވެވުނީތީ ރޯދައެއް ނުވާނެއެވެ. މީހަކު އިހުތިލާމު ވިޔަސް ބަލަނީ ރޯދަ ގެއްލުނީ ކަމަށެވެ. ހިނައިގަންނަޖެހޭ ކަމެއް ކުރިމަތިވެ ހިނައިނުގަނެ އޮއްވާ ފަޖުރުލިޔަސް ރޯދައަކަށް ނުހުރެއެވެ. ދަތް އުނގުޅާނީ ހާރުކައިގެން ފަޖުރުލުމުގެ ކުރިންނެވެ. އޭގެ ފަހުން ދަތް އުނގުޅައެއް ނޫޅެއެވެ. ރޯދައަށް ހުރެ ކުޅެއް ނުދިރުވާނެއެވެ. ރޯދައަށް އުނިކަމެއް ލިބިދާނެތީ އިރު އޮއްސެންދެން އޮންނާނީ ކުޅުޖެހުމެވެ. ބައެއް ދުވަސް ދުވަހު އަޅުގަނޑު ރޯދައަށް ބެހެއްޓި އުމުރުގައި އެހެން ކުދިންނަށް ރޯދަކަން އަންގަން ވެސް ކުޅުޖަހާ އުޅެމެވެ. އެގޮތަށް އުޅުޖަހާޖަހާ އަސުރުން ތިރިވާއިރު މީހުން ތިބެނީ ވަރު ދެރަވެފައެވެ. ދުވަސް ދިގު ވާހަކައާއި ހޫނު ގަދަ ވާހަކަ ދައްކާނެއެވެ. ރޯދައިގެ ބަރަކާތަށްޓަކައި ވަރުބަލިވާ ވާހަކައެއް ނުދައްކާނެއެވެ.

    ރޯދައަށް ތިބެ މޫދު އެރުމަކީ ވެސް ދުވަސްވީ މީހުން ދެކޭ ގޮތުގައި ރޯދަ ގެއްލޭނެ ކަމެކެވެ. މެންދުރުފަހަށް އެޅީމާ ފެންވެރުމެއް ވެސް ނޯވެއެވެ. ވުޟޫކުރާއިރު ވެސް އަނގަޔަށް ފެންލާނީ ވަރަށް ވިސްނައިގެން ވަރަށް ކުޑަކޮށެވެ.

    ރޭޑިޔޯއިން ސިޔަރަތު އަންނަ ގަޑިއަށް ހޮޅުއަށިތަކަށް މީހުން ޖަމާވެ ސިޔަރަތު އަހަން ތިބެއެވެ. ސިޔަރަތު ނިމުމަށް ފަހު އަސުރު ވަގުތު ވެދާނެއެވެ. އަސުރު ނަމާދުން ފައިބައިގެން އައިސް ބައެއް ހޮޅުއަށިތަކުގައި ވާހަކަ ކިޔުން އޮވެއެވެ. ތަރުޖަމާ ކޮށްފައި ހުންނަ ބޮޑެތި ދިގު ވާހަކަތަކެވެ.

    އެއް ދުވަހަކު އިރުމަތީ އަވަށަށް ދެވުނު ދުވަހެކެވެ. ހޮޅުއަށީގައި އިނދެފައި ހާރޫނުބޭ އަޅުގަނޑަށް ގޮވާލައްވައިފިއެވެ. އެއީ އޭރު މަނަދޫ ކަތީބެވެ. އަޅުގަނޑުގެ ބޮޑު ބޭބެއެކެވެ. އަޅުގަނޑު ދިއުމުން ނިކަން ބޯފޮތެއް ދެއްވާފައި ވިދާޅުވިއެވެ. މިހިސާބުން ފެށިގެން މި ވާހަކަ ކިޔައިދީބަލާށެވެ. އެ ދުވަހަކީ އާންމުކޮށް ވާހަކަ ކިޔާ މީހާއަށް ނާދެވުނު ދުވަހަކީއެވެ. ތާނަ ފަރިތަޔަސް އަރަބިން ފިލި ނުޖަހާ ލިޔެފައި ހުންނަ ނަންނަން ގިނަކަމުންނާއި އެ ނަންނަން އާވެފައި ދިގުކަމުން ވަރަށް އުނދަގުލެވެ. ފުރަތަމަކޮޅު ނުބައިކޮށް ކިޔޭ ނަންނަން ހާރޫނުބޭ ރަނގަޅު ކޮށްދެއްވައެވެ. ފަހުން ފަރިތަވެއްޖެއެވެ. އެ ދުވަހު ދޫކޮށްލީ އަނެއް ދުވަހު ވެސް ވާހަކަ ކިޔައިދޭން ދާގޮތަށެވެ. އެކަމަކު އަސްލުގައި އެ ވަގުތަކީ އަޅުގަނޑު ވަރަށް ބިޒީ ވަގުތެކެވެ. ދާހިތްވިޔަސް ދެވޭކަން ނޯވެއެވެ.

    މިސްކިތް ދޮށަށް ރޯދަ ވީއްލަންދާ މީހުން އެހާ ގިނައެއް ނޫނެވެ. މިސްކިތް ދޮށުގައި ރޯދަ ވީއްލަނީ ކަދުރާއި ޖޫހުންނެވެ. ރޯދަމަހު ރޯދަ ވީއްލާގަޑިއަށް އަޅުގަނޑަށް ކަމުދަނީ ރޮށްޓާއި ރިހައެވެ. އެ ކަމަކު މަންމަ މޮޑެލާ ގަބުޅި ސަޓަނި ހުރެއްޖެއްޔާ އެވަރެއް ނޯވެއެވެ. ހެދިކާގެ ބާވަތްތަކާއި ދެވައްތަރުގެ ބޯކިބަލާ ސާގުފަނިފަދަ ތަކެތި ޚާއްޞަވަނީ ތަރާސްވީސް ދަމަށެވެ. ހުނިކަހުރަކީ ރޯދަމަހުގެ ހެދިކާއެކެވެ. ހާރު ދަމަށް ފިހުނު މަހާއި ގަރުދިޔައާއި ބަތެވެ. ރޯދަމަހުގައި ހުރިހާ ސުފުރާއެއްގައި ވެސް ބަތްޕެން ހުރެއެވެ. ޚާއްޞަކޮށް ހާރުގެ ސުފުރާގައެވެ.

    ރޯދަމަކީ އެ ޒަމާނުގައި ޒުވާނުންނަށް ލޯބީގެ މޫސުމެކެވެ. ހާރުކައިގެން ނޫނީ ޒުވާން ޖޯޑުތައް ނުނިދާނެއެވެ. ގޭގޭ ދޮށަށް ލާފައި ހުންނަ ވެލިގަނޑުތައް ފަޅުފިލުވަނީ އެވެރިންނެވެ. ދޮން ކަށިވެލިގަނޑުގައި ތާސް ބަންޑުން ޖަހައިގެން ތާސްކުޅެއެވެ. މޮޅަށް ގަނޑު ޖަހާލާ އަޑު މާދުރަށް އިވޭނެއެވެ. އަނެއް ބަޔަކު ކުޅޭނީ އޮއްވަޅެވެ. ސަމާސާއާއި މަޖާ ކުރާނެއެވެ. ބައެއް ރޭރޭ ސަމާސާ ވިހަވާނެއެވެ. ލޯބީގެ ކާމިޔާބާއި ނާކާމިޔާބުގެ އަސަރާއި ހަސަދައިގެ ކަންކަން ފެންމަތިވާނެއެވެ. އަނދިރިގަނޑުތަކަށް ވަދެ ފިލާތިބޭ ޖޯޑުތައް ގަޔަށް ފެނާއި ފިއްލެޔޮ ވެސް ޖަހާފާނެއެވެ. އިރުއަރާއިރު ވެލިގަނޑު ހިފަހައްޓަން ޖައްސާފައިހުން ކަށިކެޔޮ މޫތައް ބުރިކޮށް ކޮށާފައި ވެސް ހުރެދާނެއެނެވެ. ބައެއް ސިޓީއާއި ނޯޓާއި ލަވައާއި މަލާމާތުގެ ޅެންތައް ލިޔެ މަގުތަކަށް ނޫނީ ބައެއް ގޯތިތަކަށް ވެސް އަޅާފައި ހުރެދާނެއެވެ. އެކަންކުރާ މީހަކު ބަޔަކު ނޭނގޭނެއެވެ. މި އަޑުތައް އަޅުގަނޑުމެންނަށް އިވުނަސް އެއީ އަޅުގަނޑުމެންގެ ދުވަހެއް ނޫނެވެ.

    ރޯދަމަހަކީ ރުޅިގަދަ މީހުންގެ އަޑު ވެސް ގަދަވާ މަހެކެވެ. ހޮޅުއަށިތަކުގައި ޒުވާބާއި ބަހުސްތައް ހޫނުވެ ހުތުރު އެއްޗެތިކިޔާ ގަޔަށް އަތްލާ ވަރަށް ބައެއް ދުވަސް ދުވަހު ފޯރި ގަދަވެއެވެ. އަސުރުން ތިރިވެލީމާ ރުންމަގު ހޮޅުއަށީގެ އަޑު އެތައް ހިސާބަކަށް ހުންނާނެއެވެ. ގަދަޔަށް ދުފާ ބިޑި ސިނގިރެޓު ބޯ މީހުން ރޯދަމަހު ދުވާލު އަލާ ކަނޑުވަނީ އެހެން ތޯއްޗެކެވެ.

    މި ވާހަކަތައް ލިޔަމުން ދިޔައިރު އަޅުގަނޑު ހިތަށް އެރިއެވެ. އޭރޭ ކިޔައިގެން މި ވާހަކަތައް ލިޔަން މީ ކާކުހެއްޔެވެ. އަޅުގަނޑު މި ލިޔުނީ އަޅުގަނޑު ދުށްތަނާއި އިވުނު އަޑުތަކެވެ. އަޅުގަނޑަށްވުރެ އުމުރުން ދުވަސްވީ ބޭފުޅުންގެ ތަޖުރިބާ އަދި މާބޮޑަށް ތަފާތުވާނެއެވެ. އެ ވާހަކަތައް މާ ޝައުޤުވެރިވާނެއެވެ.

    އެޑިޓަރގެ ނޯޓް: މިލިޔުއްވުމަކީ ނ. މަނަދޫ އަބްދުއްލާ ސައީދުގެ ލިޔުއްވުމެކެވެ. ލިޔުމަށް އަބްދުއްލާ ސައީދު ދެއްވާފައިވާ ސުރުހީއަކީ "އޭރުގެ ރޯދަމަސް"އެވެ ލިޔުންތެރިޔާ މިލިޔުން ޝާއިއު ކުރައްވާފައި ވަނީ އެލިޔުންތެރިޔާގެ އަމިއްލަފުޅުބްލޮގްގައި 2020ވަނަ އަހަރުއެވެ. ރޯދައާއި ގުޅޭ ޝައުގުވެރި ލިޔުމަކަށް ވާތީ ނަކަލު ކޮށްލީއެވެ. 

    ]]>
    Sun, 10 Mar 2024 18:39:56 +0500 ނިއުސް ޑެސްކް
    ހިންގުމުގެ ނަމުގައި 03 ބިލިޔަން ތާޅާ ބުރުއްސާލައިފި! https://heerasnews.com/2312 https://heerasnews.com/2312 ރާއްޖޭގެ ތާރީހުގައި ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓް ފާސްކުރީ މިއަހަރަށެވެ. ބޮޑު ބަޖެޓާއެކު ހިންގަންފެށި މުއިއްޒު ސަރުކާރުން ތާކުންތާކު ޖެހޭ އެއްވެސް ކަމެއް މިއަހަރު އަދި ނުކުރެއެވެ. ކަމެއް ކަހަލަ ކަމެއް ނުކުރެވުނަސް ހެޔޮތާއެވެ. މިއަހަރުގެ މިހާ ހިސާބަށް އައި އިރު 7 ބިލިޔަން ރުފިޔާ ބަޖެޓުން ހަރަދުކޮށް ފިއެވެެ.

    އޭގެތެރެއިން ލޯނު ދެއްކުމަށް ހަރަދުކޮށްފައިވަނީ އެންމެ 564.7 މިލިޔަން ރުފިޔާއެވެ. ކެޕިޓަލް ހަރަދަށް ހޭދަކޮށްފައިވަނީ 1.2 ބިލިޔަނެވެ. 5.2 ބިލިޔަން ހަރަދުކޮށްފައި ވަނީ ރިކަރަންޓް ހަރަދަށެވެ.

    ރިކަރަންޓް ހަރަދުގެ 2.1 ބިލިޔަން ހޭދަކޮށްފައި ވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ގޮތުގައި މި އަހަރުގެ ބަޖެޓުން ހޭދަކޮށް ފައިވަނީ އެންމެ 836 މިލިއަން ރުފިޔާއެވެ. އަނެއްކޮޅުން އިދާރީ ހިންގުމުގެ ނަމުގައި 03 ބިލިޔަން ރުފިޔާ ތާޅާ ބުރުއްސާލާފައިވެއެވެ. ކިހާ ތާހިރު ހެއްޔެވެ. ވެރިކަމެއް ބަދަލުވެ ކަންކަން ރަނގަޅުވުމުގެ އެއްވެސް އިހުސާސެއް ނުވެއެވެ.

    އަނެއްކޮޅުން ދައުލަތަށް މިދިޔަ މަހުގެ ނިޔަލަށް އަމްދަނީގެ ގޮތުގައި ލިބުނީ 6.5 ބިލިއަން ރުފިޔާއެވެ. ލިބުނު އާމްދަނީގެ 5.6 ބިލިޔަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 817 މިލިއަން ރުފިޔާއެވެ. ހުސްވި އަހަރު އެ މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 6.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިކަމުން އެނގިގެން ދަނީ ކުރީ ސަރުކާރުން އާމްދަނީ ހޯދަން ކުރި ކަމަކުން ލިބުނު އެއްޗެއް ފިޔަވާ މިސަރުކާރުން އަމްދަނީ ހޯދަން ކުރި ކަމަކުން އެންމެ ސެންޓެއްވެސް ދައުލަތަށް ވަދެފައި ނެތް ކަމެވެ.

    ރާއްޖޭގެ ކަންކޮޅުތަކުގައި އެތައް މަޝްރޫއެއް ހިންގަމުން ދިޔައިރު މިދިޔަ އަހަރުގެ އެމުއްދަތުގައި ދައުލަތުން ހަރަދުވެފައިވަނީ 8.8 ބިލިޔަނެވެ. އެކަމަކު ހައްދަވައިގެން ކަމެއް ނުކޮށް 7 ބިލިޔަން ރުފިޔާ މި ސަރުކާރުން އެމުއްދަތުގައި މިވަނީ ހޭދަކޮށްލާފައެވެ. ކަމަކަށްވާ ކަހަލަ ކަމެއް ކުރިނަމަ ދައުލަތުގެ ހަރަދު އަރައިގެން ދާނެވަރު އޮތީ ހިތައް އަރުވާލުމެވެ.

    ]]>
    Sun, 10 Mar 2024 14:34:59 +0500 ނިއުސް ޑެސްކް
    ޕީޕީއެމަކީ މުއިއްޒުގެ ކާންނުދޭ ކިރުފެލާގެރި! https://heerasnews.com/2311 https://heerasnews.com/2311 ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ފިކުރަކީ ޕީޕީއެމް ފިކުރެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް)އަކީ ދެވަނައަށް އެންމެ ބޮޑު ޕާޓީއެވެ. ޕްރޮގްރަސިވް ކޯލިޝަންގެ މައި ޕާޓީއަކީ ވެސް ޕީޕީއެމްއެވެ.

    ރާއްޖޭގައި މިއަދު އޮތީ ޕްރޮގްރެސިވް ކޯލިޝަންގެ ވެރިކަމެއް ކަމަށް ބުނާއިރު ކޯލީޝަންގެ މައި ޕާޓީ އޮތީ ކޯމާގައެވެ. ހަތަރެސް ފައިނެތް ކޮންމަސް ބުރިއެއް ގޮތުގައެވެ. ވެރިކަމުގައި ޕީޕީއެމްގެ އާރެއް ބާރެއް ނެތެވެ. ސިޔާސީ މައިދާނުގައި ޕީޕީއެމަށް އެއްވެސް ފުރުސަތެއް ނެތެވެ. ޕީޕީއެމްގެ މައްޗަށް ކޯލިޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓިން އަތްގަދަކޮށް ޕީޕީއެމްގެ ބާރު ވަނީ އެކީ އެކައްޗަކަށް ކަނޑުވާލާފައެވެ. 

    ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމެއް ނުހިމެނެއެވެ. ރައީސުލްޖުމްހުރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޕީޕީއެމަށް ނިސްބަތްވާ ބައެއް ނޫނެވެ. ނިމެމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީޕީއެމްގެ ދެ ނައިބުރައީސުންނަށް ވަޒީރުކަން ދީގެން މަޖިލީހުގެ ތެރޭން ޕީޕީއެމްގެ އަޑު ވަނީ ކަނޑުވާލާފައެވެ. ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ހުރި ޕީޕީއެމްގެ ހަމައެކަނި މެންބަރުވެސް ޕީއެންސީއަށް ސޮއިކުރުވައިގެން މަޖިލީހުގެ ތެރެއިން ޕީޕީއެމް ވަނީ ފުހެލާފައެވެ. 

    ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަކަށް ޖާގައެއް ނެތެވެ. ޕީޕީއެމްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު އެކީ އެކައްޗަކަށް ވަނީ ބަންދު ކޮށްލާފައެވެ. ޕްރޮގްރެސިވް ކޯލިޝަނުން މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހަށް ވާދަކުރެވޭނީ ހަމައެކަނި ޕީއެންސީ ޓިކެޓްގައި ކަމަށް ކަނޑައަޅާ ޕީޕީއެމްއަށް ލިބިފައި އޮތް މަޖިލީހަށް ވާދަކުރުމުގެ ގާނޫނީ ހައްގުން ޕީޕީއެމް އޮތީ މަހުރޫމް ކޮށްފައެވެ. 

    ޕީޕީއެމްގެ ދެނައިބު ރައީސުން ކަމުގައިވާ ގައްސާނު މައުމޫނާއި އަހުމަދު ޝިޔާމްގެ ސިޔާސީ މަންފާއަށްޓަކާ 36000 އަށް ވުރެ ގިނަ މީހުން ހިމެނޭ ބިޔަ ޕާޓީ ޕީޕީއެމް އޮތީ ކޯމާއަށް ލާފައެވެ. ނޭވާ ހޮޅިއަށް އެޅިފައެވެ. 

    ޕީޕީއެމަކީ ކާންނުދީ ބާއްވާފައި އޮންނަ ޕީއެންސީގެ ކިރުފެލާ ގެރިއެވެ. ރައީސް މުއިއްޒުގެ ބާރުވެރިކަން ދަމަހައްޓަން ބޭނުންކުރާ އަޅުމަސައްކަތްކުރާ އަޅުންގެ އަޅުންނަށް ޕީޕީއެމްގެ 36000އަށް ވުރެ ގިނަ މީހުން މިއަދު ވަނީ ހަދާފައެވެ.

    ޕީޕީއެމްގެ 36000 އަށް ވުރެ ގިނަ މީހުންގެ ނަމުގައި ދައުލަތުން ދޭ ފައިސާ ބޭނުން ކުރަނީ ޕީއެންސީ ބޮޑުކޮށް ޕީއެންސީގެ ބޭނުން ތަކަށެވެ. ޕީޕީއެމްގެ ސިޔާސީ ބާރުވެރިކަމަށް ބައި ސެންޓް ވެސް އެއިގެން ހަރަދެއް ނުކުރެއެވެ. މި އަހަރުވެސް ޕީޕީއެމަށް 10 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ލިބުނެވެ. އޭގެން އެންމެ ފައިސާ ފޮއްޗެއް ވެސް ޕީޕީއެމްގެ ބޭނުމަށް ބޭނުން ކުރާނަމަ ޕީޕީއެމްގެ ނަމުގައި އެންމެ ކެންޑިޑޭޓަކު ނަމަވެސް ނެރެގެން މަޖިލީސް އިންތިހާބުގައި ވާދަކޮށްލުމަށް ފުރުސަތު ދިނީހެވެ. ޕީޕީއެމުން ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް މީހަކު ހޮވާ ހަގީގީ ސިޔާސީ ޕާޓީއެއް ގޮތުގައި ހަރަކާތްތެރި ވުމަށް ޖާގަ ދިނީހެވެ. 

    ޕީޕީއެމްގެ ބޮޑު އަބާދީ ރައީސް މުއިއްޒު ބޭނުން ކުރަނީ އޭނާގެ ސަރުކާރު ބާރުވެރި ކުރުމަށް ވޯޓު ހޯދުމަށެވެ. ޕީޕީއެމްގެ މެންބަރުންގެ ނަމުގައި ދައުލަތުން ދޭ ފައިސާ ބޭނުން ކުރަނީ ޕީއެންސީގެ ހަރަކާތް ތަކަށެވެ. ހަގީގަތުގައިވެސް ޕީޕީއެމަކީ ޕީއެންސީގެ ކާންނުދޭ ކިރުފެލާ ގެރިއެވެ. 

    ނައިފަރު ޝިޔާމްމެން ޕީޕީއެމްގެ މެންބަރުނަށް ވިސްނާދެނީ ފަސް އަހަރުވަންދެން ތިބީ މަގުމަތީގައި ކަމަށާއި އެހެން އަބަދު ތިބެން ނުޖެހޭނެ ކަމަށެވެ. އެކަމަކު ހަގީގީ ޕީޕީއެމް އޮތީ މިހާރުވެސް މަގުމަތީގައެވެ. ސަރުކާރުގެ މަގާމުތަކުގައި ގިނައިން ތިބީ ޕާޓީއަށްޓަކާ ދާއޮހޮރުވާ ބުރަ މަސައްކަތް ކުރި މީހުނެއް ނޫނެވެ. ހެދުމަށް ރުލެއްވެސް އަރުވާ ނުލާ ހަރުހާރުގާ ފިލާތިބި ބައެކެވެ. ކުރީ ސަރުކާރު ނަގަހައްޓަން މަރުދިން މީހުންނެވެ. ހަނގުރާމަ ނުކޮށް ހަގުރާމައިން މޮޅުވުމުން ގަނީމާ މުދާ ހޯދި މީހުންނެވެ. އަގުދީގެން ގެނައި ކުލީ މީހުންނާއި އެމީހުންގެ އައުވަނުންނެވެ. ޖާނާ މާލުން ގުރުބާންވީ ޕީޕީއެމްގެ ގިނަ މީހުން އަދިވެސް ތިބީ ހަގީގަތުގައި މަގުމަތީގައެވެ.

    ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ސިޔާސީ އެއްވެސް މަސައްކަތެއް ކުރާކަށް ފުރުސަތެއް ނެތެވެ. ޕީޕީއެމް އެންމެ މެންބަރަކަށް ވެސް މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރުމުގެ ހަނި ޖާގައެއްވެސް މުއިއްޒު ނުދިނެވެ. ޑީއާރުޕީ ދިޔަ މަގުން ޕީޕީއެމް ދުއްވާލާތަން ބަލަން ޕީޕީއެމް ހަމަ އޮންނާނީ ހެއްޔެވެ.  

    ޕީޕީއެމް މެންބަރުންނަކީ އެހެން ތިބެން ޖެހޭ ބައެއް ނޫނެވެ. ގައްސާނާއި ޝިޔާމް ޕީޕީއެމްގެ ލީޑަރޝިޕް ހިސޯރުކޮށް ޕީޕީއެމް ކޮންމަސް ބުރިއަކަށް ހަދާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ތެދުވުމުގެ ވަގުތު ޖެހިއްޖެއެވެ. ރަގަޅަށް ވިސްނާ ގޮތް ނިންމާ ޕީޕީއެމް ކޯމާގައި ބޭއްވިޔަ ނުދީ އިސްނަގައި ހިންދަމާލަން ވެއްޖެއެވެ. ޕީޕީއެމަށް ރައީސަކު އިންތިހާބުކޮށް މުއިއްޒުގެ އަޅުންގެ އަޅުން ގޮތުގައި ޕީޕީއެމް މެންބަރުން ތިބިތިބުން ނިމުމަކަށް ގެންނަން ޖެހެއެވެ.

    ]]>
    Sun, 10 Mar 2024 13:03:51 +0500 ނިއުސް ޑެސްކް
    ހަރަކާތް ނުކުރެވޭ ވަރަށް ސަރުކާރު ބަނދެވިގެން ނުވާނެ! https://heerasnews.com/2310 https://heerasnews.com/2310 ދައުލަތް ހިންގުމުގެ އެންމެހާ ކަންކަމަށް ހަރަދު ކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަކުންނެވެ. ހެޔޮ އެދޭ ފަރާތަކުން ވެސް ހިލޭ އެހީއެއް ހޯދިޔަސް ހޯދަނީ ބަޖެޓްގައި ލިބޭނެކަމަށް ބަލާ ކަޑައެޅިފައިވާ އޮންނަ ގޮތަކަށެވެ. ތާކުން ލޯނެއް ދިނަސް ހިލޭ އެހީއެއް ދިނަސް އެކަމެއް ބަޖެޓްގައި ތަސައްވަރު ކުރެވިފައި އޮންނާނެއެވެ. ހިލޭއެހީއާއި ލޯނު ހޯދަން ޖެހޭނީ ބަޖެޓް ކުރެވިފައި ހުންނަ ކަންކަމަށެވެ.

    ދައުލަތުގެ ކަންކަން އެއިރަކު އޮތް ސަރުކާރަކުން ބޭނުންހާ ގޮތަކަށް ކުރެވިގެން ނުވާނެއެވެ. އަމްދުން ސަރުކާރަކުން ކުރާކަމެއްގެ ތަކުލީފު އަންނަ އޮތް ސަރުކާރުތަކާއި ދައުލަތަށް އުފުލަންޖެހޭ ފަދަ އެއްވެސް ކަމެއް މަޖިލީހުގެ ރުހުންނެތި ކުރެވިގެން ނުވާނެއެވެ. ތިމާމެން ކުރާ ކަމެއްގެ ހަރަދަށް އެހެން ބަޔަކު ޒިންމާ ވާންޖެހޭ ގޮތަށް އޮތް އެއްވެސް ކަމެއް ކުރެވެންވާނީ މަޖިލީހުން ފާސްކޮށްގެންނެވެ.   

    ބަޖެޓްގައި ހިމެނިފައި ނެތް އެއްވެސް ކަމަކަށް ދައުލަތް ޒިންމާވާ ގޮތަށް އެހީއެއް ވިޔަސް ލޯނެއް ވިޔަސް ހޯދަން ވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. ބޭރުގައުމަކަށް ސަފީރަކު ކަނޑައެޅިޔަސް މަޖިލީހުގެ ރުހުން ހޯދަންޖެއެވެ. އެހެން ކަމަށްވާނަމަ ޒަމާން ތަކަކަށް ދައުލަތް ޒިންމާވާ ގޮތަށް ހިލޭ އެހިތަކާއި ލޯނުތައް ހޯދުމާއި އެމައްޗަށް ދައުލަތް ޒިންމާވާ ބޮޑެތި ބޮޑެތި އެއްބަސްވުންތައް ބޭރުގެ ފަރާތްތަކާއެކު ވާންވާނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. 

    ކުރީ ސަރުކާރުން އެވެނި ކަމެއްކޮށް، މިވެނި އެއްބަސްވުމެއް ހަދައިގެން ދައުލަތް އިނދަ ޖައްސާލި ވާހަކައާއި އަޅުވެތި ކޮށްފައިވާ ކަމަށް ފަހުން އަންނަ ސަރުކާރު ތަކުން އަބަދުވެސް ކިޔައެވެ. އެހެން ކިޔަން ފުރުސަތު އޮންނަނީ އެއިރަކު އޮންނަ ސަރުކާރަކަށް އެފަދަ ކަންކަން ކުރުމަށް ތަންމިނަށް އިހުތިޔާރު ލިބިފައި އޮންނާތީއެވެ. މުޅި މުސްތަގުބަލުގެ ދިޔަ އެއްފަހަރާ ފެލާލައިގެން ބުއިމުގެ ފުރުސަތު އެއިރަކު އޮންނަ ސަރުކާރަކަށް ދެވިފައި އޮވެގެން ނުވާނެއެވެ. އެހެނެއް ކަމަކު އަތްފައި ހަރަކާތް ނުކުރެވޭ ވަރަށް ސަރުކާރެއް ބަނދެލެވިފައި އޮވެގެންވެސް ނުވާނެއެވެ.

    ދޭދޭ ގައުމުތަކާއެކު ވެވޭ ކޮންމެ އެއްބަސް ވުމަކީ އެކަމުގެ ނަތީޖާ ޒަމާން ތަކަށް ދެމިގެންދާނެ ކަމެއް ނަމަ އެފަދަ ކޮންމެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ކުރުމުގެ ކުރިން ނުވަތަ އެހީއެއް ހޯދުމުގެ ކުރިން އެކަމުގެ ނަތީޖާއާއި މެދު ވިސްނާ ބަހުސްކޮށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ. ސަރުކާރުތަކަށް ވެސް އެކަމުން ލިބެނީ ރައްކާތެރި ކަމެވެ. ސާބިތު ކަމެވެ. ސަރުކާރުތައް ބަދަލުވާނެއެވެ. ވެވޭ އެއްބަސްވުންތަކާއި ދައުލަތް ދެމި އޮންނާނެއެވެ. 

    ބަޖެޓްގައި ތަސައްވަރު ނުކުރާކަމެއް އެއްބަސް ވުމެއްގެ ދަށުން ދައުލަތް ޒިންމާވާ ގޮތަކަށް ސަރުކާރަކުްނ ކުރެވިގެން ނުވާނެއެވެ. ދައުލަތަކީ އެއިރަކު އޮންނަ ސަރުކާރު އެކަންޏެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް ރައީސަށް ދައުލަތް ހިންގުމުގެ ބާރު ލިބެނީ ގާނޫނުން ބާރު ލިބިދޭ މިންވަރަކަށެވެ. ގާނޫނި ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުމާއި ބަޖެޓް ކަނޑައެޅުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ.

    ސަރުކާރު ޖަވާބުދާރީ ކުރުމަކީ ސަރުކާރުން ކަމެއް ކުރުމުން އެކަމެއް ކުރިގޮތް ބެލުން އެކަންޏެއް ނޫނެވެ. ޖަވާބުދާރީ ކުރުވުމަކީ ސަރުކާރުން ކުރަން އުޅޭ ކޮންމެ ކަމެއް ހުއްޓުވުމެއް ވެސް ނޫނެވެ. ކަމެއް ކުރުމުގެ ކުރިން އެކަމެއްގެ ނަތީޖާ ވަޒަންކޮށް ސަރުކާރުން ކުރާކަންކަން ދައުލަތަށް އެންމެ މަންފާހުރި ގޮތަށް ކުރުވުމަކީ މަޖިލިހަށް އޮންނަ އެންމެ ބޮޑު އެއް ޒިންމާއެވެ. ހަގީގީ ޖަވާބުދާރީ ކުރުވުމަކީ އެއީއެވެ.

    ]]>
    Fri, 08 Mar 2024 16:27:57 +0500 ނިއުސް ޑެސްކް
    ބަޖެޓްގައި ނެތް ޑްރޯން އޮޕަރޭޝަނަކީ ޖަރީމާއެއް! https://heerasnews.com/2309 https://heerasnews.com/2309 އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ފާރަވެރިވުމަށާއި ރެސްކިއު އޮޕަރޭޝަންތަކަށް އިންޑިއާ އަސްކަރިއްޔާގެ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓެއް ރާއްޖޭގައި ބާއްވައިގެން އުޅުނީ އިންޑިއާ ސަރުކަރާއި ރާއްޖޭގައި އޮތް ކުރީގެ ސަރުކަރުތަކަކާއި ވެވިފައިވާ އެއްބަސް ވުންތަކެއް ދަށުންނެވެ. އަސްކަރީ އެ އުޅަނދުތައް ދުއްވާ ބެލެހެއްޓުމަށް ތިބި އިންޑިއާ ސިފައިން ތިބީވެސް އެއްބަސް ވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރަކަށް އެކަމެއް ކަމަކު ނުދިޔައެވެ. އެކަމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެގެން އިންޑިއާ ސިފައިން ފޮނުވާލަނީއެވެ. 

    ގައުމެއްގެ ނިސްބަތުގައި މި ސަރުކާރުން ކުރާން މިއުޅެނީ ކިހާ ހުތުރު މުޑުދާރު ކަމެއް ހެއްޔެވެ. ދެ ގައުމުގެ ދެމެދު ވެވޭ އެއްބަސްވުމަށް އިހުތިރާމް ނުކުރާ ގައުމެއް ކަމުގެ ލޭބަލް ރާއްޖޭގައި ޖެހުނީއެވެ. ޖީއެމްއާރު މައްސަލައާއި ހައިޑްރޯގްރަފީ އެއްބަސްވުމާއި ސަރަހައްދު ބެލެހެއްޓުމުގެ އެއްބަސްވުމަށް ރާއްޖޭން އިހުތިރާމެއް ނުކުރިއެވެ. އެހެންކަމުން ރާއްޖެ ވެގެން ގޮސް ދުނިޔޭގެ އެހެން ގައުމުތަކުގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ ގައުމަކަށެވެ. ނަތީޖާއަކީ އިންވެސްޓަރުންގެ ވެސް އިތުބާރު ރާއްޖެއަށް ގެއްލުމެވެ. 

    ރާއްޖޭގެ ކަންކަން މިހާލަތަށް ދަނީ އެއިރަކު އޮންނަ ސަރުކާރަކުން ވިސްނާނުލާ ކުރާ ކަންކަމުގެ ސަބަބުންނެވެ. ބަޔަކާ އެކު ކަމަކަށް އެއްބަސްވާއިރު ފަހުން ނިކުމެދާނެ މައްސަލައަކަށް ރިއާޔަތް ކުރުމެއް ނެތީމައެވެ. ޒަމާން ތަކަށް ދައުލަތް ޒިންމާވާންޖެހޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދާތީއެވެ.  

    އަނެއް ކޮޅުން ރާއްޖޭގެ ސަލާމަތާ ގުޅުން ހުރި ބޮޑު ނިންމުމެއް މުއިއްޒު ސަރުކާރުން އެނިންމާލީ ރައްޔިތުންގެ މަޖިލީހަށް ދޮންކަޅު އަންގާ ނުލައެވެ. ދައުލަތުގެ ބަޖެޓް ތަސައްވަރުކޮށްފައި ނުވާ ބޮޑު ކަމެއް ކޮށްނީންމާލަނީއެވެ. ސަރަހައްދު ބަލަހައްޓަން 6 ޑްރޯން ރާއްޖެއަށް ގެނައުމަކީ ކުޑަކަމެއް ނޫނެވެ. ކޮންމެ ޑްރޯނެއްގެ އަގަކީ 5 މިލިޔަން ޔޫއެސް ޑޮލަރެވެ. 6 ޑްރޯނަކީ 30 މިލިޔަން ޑޮލަރެވެ. މިވަރުގެ ކަމެއް ދައުލަތުން ފައިސާ ހަރަދު ކުރުމަށް ބަޖެޓް ކޮށްފައެއް ނެތެވެ. ހިލޭ އެހީއެއްގެ ގޮތުގައިވިޔަސް ލޯނެއްގެ ގޮތުގައިވިޔަސް ކުރާކަށް ބަޖެޓްގައި ކަނޑައެޅިފައެއް ނެތެވެ. 

    ރާއްޖޭގައި ދައުލަތް ޒިންމާވާ ގޮތަށް ޑްރޯން އޮޕަރޭޝަން ހިންގަނީ ކިހިނެތް ކޮންބައެއް ކަމެއް ނޭނގެއެވެ. އެކަމާގުޅޭ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހަކަށް ނުދެއެވެ. މަޖިލީހުގެ ރުހުމެއް ނުހޯދައެވެ. އެކަމުގައި ދައުލަތުން އުފުލަން ޖެހޭނީ ކޮން ޒިމާއެއް ކިހާ ވަރަކަށް، ކިހާ ދުވަހަކަށް ކަމެއް ރައްޔިތުން މަޖިލީހަކަށް ނާންގައެވެ. ދުވަސް ކޮޅަކުން ޑްރޯން އުދުއްސުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށްވެގެން މިނިވަންކަން ގެއްލޭތީ ބަޔަކު ނޫޅެނެ ކަމެއް ނޭނގެއެވެ. ދައުލަތުން އުފުލަންޖެހޭ ހައްދެއްނެތް މަލީ ބުރައަކަށް ޑްރޯން އުދުއްސުން ނުވާނެ ކަމެއްވެސް ނޭގެއެވެ. 

    މަޖިލީހުން ރުހުން ނުހޯދާ ކަންކަން ކުއްލި ކުއްލިއަށް ސަރުކާރު ތަކުން ކުރުމުން އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުންތައް ދައުލަތަށް ދަނީ ލިބެމުންނެވެ. އަސްކަރީ 6 ޑްރޯނަކީ ސަމާސާ އެއްޗެއް ނޫނެވެ. ރެއާއި ދުވާލު ޑްރޯން އޮޕަރޭޝަން ހިންގުމުގެ މާލީ ގާބިލުކަން ދައުލަތަށް ލިބިފައި ވޭބާއެވެ. ގައުމުގައި ނެތް ފުދުންތެރި ކަމުގައި ޑްރޯން ގަނެގެން އެތަކެތި އޮޕަރޭތް ކުރުމަށްވުރެ ލުއި ފަސޭހަ އެހެން ގޮތެއް ނެތީހެއްޔެވެ. ރައްޔިތުން މަޖިލީހުގެ ރުހުންނެތި އެވަރުގެ ކަމެއް މި ސަރުކާރުން ކުރުމެކޭ އިންޑިއާ އަސްކަރީ ހެލްކޮޕްޓަރތައް އޮޕަރޭޓް ކުރުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. 

    ޒަމާން ތަކަށް ދެމިގެންދާ ގޮތަށް ދައުލަތް ޒިންމާވާން ޖެހޭ އެއްވެސް ކަމެއް ކުރެވެން ވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. ހާއްސަކޮށް މާލީ ޒިންމާ ދައުލަތުން ވާންޖެހޭ ކަންކަމާއި ގައުމީ ސަލާމަތާއި ސިޔާދަތާ ގުޅުން ހުރި ކޮންމެ ކަމެއް ކުރެވެން ވާނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ. 

    ]]>
    Fri, 08 Mar 2024 15:24:50 +0500 ނިއުސް ޑެސްކް
    ފައިނު އާދަނު ދަތްދޮޅިން ތަށި މިލްކު ކުރުން https://heerasnews.com/2307 https://heerasnews.com/2307 ތިނެއް ހަމަވީމާ ތަށި މިލްކުވާ ގޮތަށް ލާމަރުކަޒީ މިނިސްޓަރު އެންމެން ދަންނަ ފައިނު ދަތްދޮޅި އާދަނު އަނެއްކާ އަނެއްތަށި އެ ހޯދީވެސް ދަތްދޮޅިންނެވެ.

    2013 ގައި ރައީސް ޔާމީނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ލިބުމުގެ ކުރިން ފައިނު އާދަނަކީ ބަޔަކު ދަންނަ މޫނެއް އަދި އިވޭނަމެއްވެސް ނޫނެވެ.

    ޖެނެރަލް ޖަލީލްގެ ޑިފެންސް މިނިސްޓަރުކަން އައިޖީއެމްއެޗް ތެރޭން އުދުއްސާލުމާ އެކު ފައިނު އާދަނަށް ޑިފެންސް މިނިސްޓަރުކަން ލިބި ސިފައިން ލައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޔަށް އަތްލާ ދަމާ ކޫއްތާ ނެރެ އުކާލުމަށް ފަހު އެ މެމްބަރުންގެ ދަތްދޮޅި ދުއްވާލުމަށް ހިތްވަރު ދިން ހިސާބުން ފައިނު އާދަނަކީ ދަތްދޮޅި އާދަނު ކަމުގައި ކިޔަން ފެށިއެވެ. 

    އެފަހަރު އެއީ އާދަމް ޝަރީފުގެ ދެވަނަ ދަތްދޮޅިއެވެ. ސަބަބަކީ އުމުރުން ދޮށި ވުމަކީ ގިނަ މީހުންނަށް ފްރީކޮށް ޑަބަލް ދަތްދޮޅި ލިބޭ ސަބަބެކެވެ. މުލައްދަނޑީގައި ބާރުހުރި ގަޔަށް ގޮއްމަސް އެރުވި ޒުވާނުން ދައްކާކަހަލަ ވާހަކަ ދެއްކިޔަސް އާދަމް ޝަރީފަކީ އުމުރުގެ ގޮތުން ބަލާ ނަމަ ކެތި ބޯދަށަށް ޖަހާ، 70 އަށް ފައިނަގަންދާ މީހެކެވެ. ރައްޔިތުންގެ މަޖިލިހަށް ނުވަތަ ވަޒީރުންގެ މަޖިލިހަށް ބެލިޔަސް އެ ތަންތަނުން ފެންނަ އެންމެ ދުވަސްވީ މޫނު ތަކުން އެއް މޫނެވެ.

    ކުރިން ސިފައިންގެ ވަޒީރެވެ. ސިފައިންނަކީ ނިކަން ސިފަވަންތަ އާރާބާރާ ޖޯރުހުރި ޒުވާން ފައުޖު ތަކެކެވެ. ސިފައިންގެ ވަޒީރުކަން ލިބުމަކީ އާދަން ޝަރީފު ޒުވާނަކަށްވާ ސަބަބެއް ނޫނެވެ. މިހާރު އެއީ ކައުންސިލް ވަޒީރެވެ. ރާއްޖޭގެ ކައުންސިލް ތަކުގެ ޒުވާނުން ފެނިފައި އަނެއްކާ މި ފަހަރުވެސް އާދަން ޝަރީފުގެ ދެހަން ދޭތެރެއަށް ޒުވާން ކަމުގެ ޖަޒުބާތު ވަދެގަތް ފަދައެވެ. ދުވަސްވީ ދަތްދޮޅިއާ ކުރިން ހޯދި ދަތްދޮޅީގެ ތެރެއަށް އަނެއްކާ 3 ވަނަ ދަތްދޮޅި އާދަން ޝަރީފު އިތުރުކޮށް ދަތްދޮޅިން ތަށި މިލްކު ކޮށްފިއެވެ.

    މި ފަހަރުވެސް ދެއްކީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކައެވެ.

    ކުރީފަހަރު ކުރިކަންތަކާ ބުނި ބަސްތަކަށް ޒިންމާ ނުކުރެވުނީމާ ހަޔާތް ކެނޑުނީވެސް ތޯއްޗެކެވެ. މީހުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގާ ވާހަކަ އެހެން މީހަކު ބުނެފިއްޔާ އެއީ އިންޒާރު ދިނުން ނުވަތަ މުޖުތަމައަށް ނުރައްކަލެއް ކަމަށް ބަލާ އެމީހާ ހައްޔަރު ކުރެއެވެ.

    އެކަމަކު ފައިނު ވަޑި އާދަނު ތަކުރާރުކޮށް ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ގަޔަށް އަތްލާ މޭރުމުން އިންޒާރުދިނަސް ވާކަމެއް ހަރާމެވެ.

    ]]>
    Thu, 07 Mar 2024 11:52:51 +0500 ނިއުސް ޑެސްކް
    އުޝާމު ދައުލަތުން މުސާރަ ނެގުން ހުއްޓުވަންޖެހޭ! https://heerasnews.com/2306 https://heerasnews.com/2306 ސެޓްލްމަންޓް ކޮމެޓީން ބަދަލުދޭން ނިންމީ ގާނޫނާއި ގަވައިދާ އުސޫލުގެ ތެރޭންތޯ ބެލުމަށްވުރެ ބޮޑީ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އުޝާމު ނިންމާ ނިންމުން ތަކުގެ ގާނޫނީ ސައްހަކަމާ މެދުގައި ގޮތް ނިންމުމެވެ. ނުބައިކޮށް ވަދެހުރެ ކިތަންމެ ރަނގަޅަށް ނިންމާ ނިންމުމަކީ ނުބައެކެވެ. ދައުލަތުގެ ބަންޑާރަ ނައިބުކަމުގައި ހުރުމަށް ރައްޔިތުންގެ މަޖިލީހުން ނުރުހޭ ކަމަށް ނިންމަފައިވާ މީހަކަށް ބަންޑާރަ ނައިބުކަމެއް ނުކުރެވޭނެއެވެ. އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ.

    ޑރ. މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގައި ރައްޔިތުން މަޖިލީހުން ރުހުން ނުދިނީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ބަންޑާރަ ނައިބުގެ ކަމުގައި އަލްއުސްތާޒު އަހުމަދު އުޝާމް ހުރުމަށެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ހާލަތު އަދި ބަދަލެއް ނުވެއެވެ. ބަންޑާރަ ނައިބު ކަމަށް އަލްއުސްތާޒް އަހުމަދު އުޝާމް އައްޔަނުކޮށް މަޖިލީހަށް ރުހުން ހޯދަން ފޮނުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ބަންޑާރަ ނައިބުގެ ގޮތުގައި އަހުމަދު އުޝާމް ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށެވެ. 

    ރައްޔިތުން މަޖިލީހުން ނުރުހޭ ކަމަށް ނިންމާފައި ވަނިކޮށް ދެވަނަ ފަހަރަށް ވެސް އުޝާމް ބަންޑާރަ ނައިބު ކަމަށް އައްޔަނު ކުރީ ހަމަ އެ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދައުރެވެ. ހަމަ އެ ކެބިނެޓެވެ. ހަމަ އެ މަގާމެވެ. ހަމަ އެ އުޝާމެވެ. އެއްވެސް ތަފާތެއް ނެތެވެ. ހާލަތައް ސިފައަށް ކުޑަވެސް ބަދަލެއް ނާދެއެވެ. 

    ރައްޔިތުން މަޖިލީހުން ވަކި މީހަކު ވަކި ވުޒާރާއެއްގައި ވަޒީރަކަށް ނުވަތަ ބަންޑާރަ ނައިބަކަށް ބެހެއްޓުމަށް ނުރުހޭ ކަމަށް ކަނޑައަޅާފައި ވަނިކޮށް ހަމަ އެ މީހާ ހަމަ އެ މަގާމަށް އައްޔަނު ކޮށްގެން ތިބުމަށްވުރެ ގައިރު ގާނޫނީ އެއްވެސް ކަމެއް ދައުލަތެއްގެ ތެރޭގައި ނުހިނގާނެއެވެ. 

    ވަޒީރަކަށް އިތުބާރު ނެތިގެން މަގާމުން ދުރުކުރުމާއި ރައިސާއި ނައިބު ރައީސް މަގާމުން އަޒުލު ކުރުމާއި މަޖިލީހުން މީހަކަށް ވަކި މަގާމަކަށް ރުހުން ނުދިނުމާ އޮތީ ކޮން ތަފާތެއް ހެއްޔެވެ. އެ ހުރިހާ ކަމެއްގެ ހަގީގީ ނަތީޖާއަކީ އެ މީހަކަށް މަގާމު ގެއްލުމެވެ. މަގާމުގައި ދެމި ނުހުރެވުމެވެ. 

    މުޅި ގާނޫނު އަސާސީގެ ރޫހަކީވެސް ރައްޔިތުންގެ ރުހުންނެތް މީހަކު ދައުލަތުގެ ކަމަކާ ހަވާލުވެގެން ހުއްޓަ ނުދިނުމެވެ. ރައީސާއި ނައިބު ރައީސް ކަމަށް އާދެވެނީ އާންމު އިންތިހާބެއްގައި ވޯޓުދޭ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ލިބިގެންނެވެ. މަޖީލީހު މެންބަރަކަށް ވެވެނީ ދާއިރާއިން އެންމެ ގިނަ ވޯޓު ލިބިގެންނެވެ. ވަޒީރުކަމުގެ މަގާމުގެ ޒިންމާތަކާއި ހަވާލު ވެވޭނީވެސް ދެމިހުރެވޭނީ ވެސް މަޖިލީހުގެ ރުހުން އޮވެގެންނެވެ. 

    ދައުލަތުގެ ބަންޑާރަ ނައިބުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ގާނޫނީ ހައިސިއްޔަތުނެތި ހިންދުކޮޅަކަށް ވެސް މީހަކަށް ހުރެވިގެން ނުވާނެއެވެ. މަޖިލީހުގެ ރުހުން ނެތް ބަންޑާރަ ނައިބެއް ވިޔަސް ވަޒީރެއް ވިޔަސް ދައުލަތުގެ ކަމަކާ ހަވާލުވެ ގޮތް ނިންމެއް ނުނިންމޭނެއެވެ. މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ ފައިސާ އާއި ތަކެތި ބޭނުން ކޮށެއް ނުހެދޭނެއެވެ. އަދި ދައުލަތުގެ މުދަލާ ފައިސާ ހޭދަކުރަން ހުއްދަދީ ހެދިގެން ވެސް ނުވާނެއެވެ. އެއްވެސް ކަމެއްގައި ދައުލަތް ތަމްސީލުކޮށް ބަސް ބުނެވިގެން ވެސް ނުވާނެއެވެ. އުޝާމާއި ރުހުން ނެތް ވަޒީރުން ދައުލަތުން ނަގާ މުސާރަ ނެގުން ހުއްޓުވަން ޖެހެއެވެ.   

    ]]>
    Wed, 06 Mar 2024 18:43:07 +0500 ނިއުސް ޑެސްކް
    ކުރީ ސަރުކާރު ބަދުނާމު ކުރިވަރަކަށް ގެއްލޭ ވޯޓް ވަނީގިނަ https://heerasnews.com/2305 https://heerasnews.com/2305 ރައީސް ސޯލިހު ވެރިކަން ކުރެއްވި ގޮތް ގޯސްވެގެން ވެރިކަން ކުރަން އައި މީހުން މިހާރު މިހާވަނީ ކޮން ހަޑިއެއް ހެއްޔެވެ. ރާއްޖޭގެ ތާރީހުގައި ހެދި އެންމެ ބޮޑު ބަޖެޓް ލިބިފައި މިއޮތީ އެ މީހުންނަށެވެ. ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ނެތް މަޖިލީހުން ބަޖެޓް ބޭނުންވާ ކަމަށް ސަރުކާރުން ބުނި ވަރަށް ވުރެ ބޮޑު ބަޖެޓެއް އެ އޮތީ ފާސްކޮށް ދީފައެވެ. ކުރީ ސަރުކާރުން ކޮށްފައިވާ ހަރަދުތައް ހަމަ ޖެއްސުމަށާއި ހުސްވި އަހަރުގެ ފަހު ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް ސަޕްލިމަންޓަރީ ބަޖެޓެއްވެސް ފާސްކޮށް ދީފައި މި ސަރުކާރަށް މަޖިލީހުން ދިނެވެ. 

    ކޮވިޑްގެ ހާލަތާ ހެދި ދެއަހަރަށް ވުރެ ގިނަ ދުވަހު ދުނިޔެ އޮތީ ހުއްޓިފައއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބުނު އާމްދަނީ ހުއްޓި ގައުމީ ރިޒާވް ހުސްވެ ދަރަނިވެރި ވިއެވެ. ފަހަރެއްގައިވެސް އެއީ ނެތް ހާލަތެއް ނޫނެވެ. އެ ހާލަތުން ގައުމު އަރައިގަތުމަށް ކުރީ ސަރުކާރުން ކުރި ގިނަ ގުނަ މަސައްކަތުގެ ނަތީޖާއަކީ ރައްޔިތުން ބަނޑަށް ނުޖެހި ގައުމު ބަގުރޫޓް ނުވެ އެންމެ އަވަހަށް އިޔާދަ ކުރެވުނު އިގްތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ. 

    ކުރީ ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅު ތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ބޮޑުތަނުންވީ އިތުރެވެ. ރާއްޖެއަށް އެތެރެވާ ފަތުރުވެރިން ވެސް ވީ އެތައް ގުނަ އަކަށް އިތުރެވެ. ޖިއެސްޓީ ބޮޑުކޮށް، ޕްރޮފިޓް ޓެކްސް ބޮޑުކޮށް، ކޮތަޅުން ޖީއެސްޓީ ބޮޑު ކުރުންވީ ކުރީ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ. އެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން އެންމެ ބާރަށް ދެއްކި އެއްވާހަކަ އަކީވެސް އެއީއެވެ.

    މުއިއްޒު ސަރުކާރަށް މާސިންގާ ބޮޑު ބަޖެޓަކާއި ސަޕްލިމެންޓްރީ ބަޖެޓެއް ލިބުނެވެ. ކުރީ ސަރުކާރުން ބޮޑުކޮށްގެން އުޅުނު ކޮތަޅު ޓެކްސް ވެސް ބަރާބަރަށް ލިބެއެވެ. ޖީއެސްޓީއަށް އިތުރު ކުރި %2 ވެސް ކަނޑާ ނުލާ ނަގަމުން ދެއެވެ. ބޮޑުކުރި ޕްރޮފިޓް ޓެކްސް ވެސް ލިބެއެވެ. ސަރުކާރަށް އާމްދަނީ ހޯދަން ކުރީ ސަރުކާރުން އިތުރު ކުރި ޓެކްސްތަކުން ހަތަރުއަނާ އެއްވެސް މި ސަރުކާރުން ކަނޑައެއް ނުލައެވެ.

    ބޮޑު ބަޖެޓަކާއިއެކު ސަރުކާރު ހިންގަން ލިބުމުން "ކުރީ ސަރުކާރު" ކިޔާލަ ކިޔާލާ މިތިބެނީ ކަމެއް ކުރުމުގެ ގާބިލްކަން ނެތުމުންނެވެ. ފަހަރަކު ވަޒީރަކު ނިކުމެ ކުރީ ސަރުކާރުގެ އެވަނަކަމެއް މިވެނަ ކަމެއް އެބައޮތޭ ކިޔައިގެން މި ދަމަނީ ކޮންހާ ހާސަރެއް ހެއްޔެވެ. އެކަކަށް ރަށްރަށުގެ ފުލުސް ޕޯސްޓްތައް އަޅަން ދީފައި އޮތް ގޮތެއް ކަމަކު ނުދިއައެވެ. އަނެކަކަށް ރަށްރަށުގެ ހޮސްޕިޓާތައް އަޅަން ދީފައި އޮތް ގޮތެއް ކަމަކު ނުދެއެވެ. އަނެކަކަށް ރަށްރަށުގެ އިންޖީނުގެތައް އަޅާ ގޮތެއް ކަމަކު ނުދެއެވެ. އަނެކަކަށް ރަށްރަށުގެ ބަނދަރުތައް ހަދާ ގޮތެއް އާރުޓީއެލް ނިޒާމެއް ކަމަކު ނުދެއެވެ. ކަމުދާ ކަމެއް ކަމުދާ ގޮތަކަށް ކުރެވިފައި އޮތް ކަމަކަށް ނުވެއެވެ. 

    އަޖައިބެއް ނުވާނެ ހެއްޔެވެ. ތިޔަ ތިބީ ވެރި ކަމުގައެވެ. އެހެންނޭ މިހެންނޭ ކިޔައިގެން ޕޯޑިއަމްތަކާއި ނޫސްވެރިން ގާތު ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރެވޭ ހެއްޔެވެ. ގާނޫނާ ގަވައިދާ ހިލާފަށް ކަމެއް ކޮށްފާ އޮތިއްޔާ އެ މައްސަލައެއް ބަލާ ފިޔަވަޅު ނާޅާށޭ ބުނީ ކާކު ހެއްޔެވެ. އަޅަން ޖެހޭ ފިޔަވަޅެއް އަޅައިގެންވެސް ރައްޔިތުންގެ ލާބައަށް ފަށަފައިވާ އެއްވެސް ކަމެއް ނުކޮށް ނުބަހައްޓާ ކަންކަން ކުރެވޭކަން އަމަލުން ދައްކަބަލާށެވެ. ކޮށްދޭނަމޭ ކުރާނަމޭ އަގައިން ކިޔަކަސް ރައްޔިތުން މިހާރަކު ގަބޫލެއް ނުކުރާނެއެވެ. މަޖިލީހުގެ ކެންޕޭނަށް ވެގެން ވޯޓު ހޯދަން ކުރީ ސަރުކާރު ބަދުނާމު ކުރި ވަރަކަށް ގެއްލޭ ވޯޓް ވަނީ ގިނައެވެ. 

    ]]>
    Wed, 06 Mar 2024 15:54:57 +0500 ނިއުސް ޑެސްކް
    ކަސްބީންގެ ތޭރަ މީހަކު ގަނެވުނީމާ ހައްސައެކޭ ހީވީތަ! https://heerasnews.com/2304 https://heerasnews.com/2304

    ރަނޑާލި ފާޑަކަށް ހިނގަމުން ގަޔާލާ އަތް ފިއްތައިގެން މެޔާ ހަމަޔަށް އަތްނަގައިގެން ހުރެ އަތްތިލަ ކުޑަ ހުޅުން ލަބަމުން ގަދަބަސް ބުނާނީ ލައްކަ ރިހަވީމައެވެ. ފަށަންމަތީ މަތިމައްޗަށް ޑެގު އަޅައިގެން އެމަތީ ގުޑާގު ބަންދު ކޮށްގެން މުޅި މާލޭގައި ރަތް ބާނި ދަމައިގެން ފައިސާ ދޮންނަމުން  އުމަރުގެފާނޭ ކިޔަކަސް އެންމެންނަކު ނުސިހޭނެއެވެ. 

    ހަރުވާޅު ނުލާ މުންޑު ކޯލީޝަނަށް ލޯނާށިން މާލެ ދައްކައިގެން އުޅުނަސް ކަމަކާ ޖެހުނީމާ ޖެހޭނީ ހަމަ ނަކަސްތަޅާށެވެ. ޅަނބާޅަ ލަނޑޮނޅު އުމުރުގައި ބެހުނު ގޮތަކުން ބަޓަރުބޭމެންގެ އަތްދޮށުވެ ގޮނޑިފޮއި އަޅާން އުޅުނީމާ ބެހުމަކީ ކޮބައިކަން ނޭނގިއެއް ނުހުންނާނެއެވެ.

    ރިޔަލު ދޯނީގެ ޒަމާނުގައިވެސް ކުޑަރިޔާ ނަގަން ބޭނުންވީމާ އިންނަފަތްގަނޑު އިރައިގެން ދިޔަސް ހެޔޮކަމަށް ކަފިވަޅަށް ކުނބު ޖަހާކަށް ނޫޅެއެވެ. އެވަރުވެސް ރަތް ބާނި ތަކުރުމެނަށް ނޭގޭ ވަރަށް ތިބެނީ އެނދު ކެނޑިފައެވެ.

    ހެއްދެވިހާ ބޮޑު ކަނޑަމުން ބުނާ ބަސް ގަދަކުރަން އާޔަތާއި ހަދީސް ކިޔަނީ ހެއްދެވި ފަރާތަށްވެސް އޮޅުވާލާށެވެ. އަޖައިބެއް ނުވާނެހެއްޔެވެ. އުމަރުގެފާނެއް ރިޝްވަތެއް ނުބައްސަވައެވެ. ބޮކުބާރެއް ނުދައްކަވައެވެ. އިދިކޮޅެއް އެއްކޮޅެއް ނުގެން ގުޅުއްވައެވެ. ދޮގުވެރިންނަށް ހިތްވަރުދީ ދޮގުވެރިކަން ދަމަހައްޓަން ޒައްރެއްގެ މިންވަރުވެސް ހަރަދެއް ނުކުރައްވައެވެ. 

    ތެލި ސޭޓް އުޅެން އުޅޭ ފާޑެއް ދޮތައެވެ. ރަނޑާލީންނަށް ނަކަސް ތެޅޭނީ ގަސްގަސް ބުޑުގައެވެ. ވައްވައް ޖެހީމާ ސިހޭނީ ދެބައިން ބާވެފައި އޮތް މުންޑު ކޯލިޝަނެވެ. ފައިތިލަ މަތީ އަތޮޅުވެރިން ކުޑަކަކޫ ޖެހި ޒަމާން އެއީ މާޒީއެވެ. 

    މިހާތަނަށް އިދިކޮޅުން ކުރިކަމެއް ކުރީކީ އެބުނާ ގޮތަށް މީހަކު ކުރާނެ ކަމެއް ކުރަން ދީގެން ތިބެގެނެއް ނޫނެވެ. އެ ބަޔަކު ތިބިއްޔަކީ ބެހޭނެ ގޮތަކަށް ބެހެން ދީގެނެއް ނޫނެވެ. ބެހުނަސް ކުރާނެ ކަމެއް، ކުރެވޭނެ ކަމެއް ނެތިގެންނެވެ. އަދިވެސް ޖެހޭނީ ހަމަ އެގޮތަށް ތިބޭށެވެ. 

    ދާދި މި ދާކަށް ދުވަހު މޭ ފުއްޕާފާ މީހަކު ބުނާ އަޑު އެހީމެއެވެ. އަޒުލު ކުރެވޭނީ ތިމަންގެ ފުރާނަ ދުއްވާލާފައެވެ. ހިތުން ހާލިދު ބުން ވަލީދު ހެދިގެން ފުއްޕަނީ އަތުގައި މާބޮޑު ފިތުރު ފޮއްޓެއް ހުރެގެން ނޯލައެވެ. ހަށިވިއްކާ ކަސްބީންގެ ތޭރަ މީހަކު ގަނެގެން ގެންދެވުނީމާ ހައްސައެކޭ ހީވަނީ ތާއެވެ. 

    ކިތަންމެ ބޮޑާވެފައި ބުންޏަސް ވަކިމީހަކު ނެތީމާ ދެރަވާނެއެވެ. ކަން ބޮޑުވާނެއެވެ. ވަކި މީހަކު ނެތުމުން ނުވާނެ މޮޅު ބައިވަރެވެ. ދިފާއަށް ކުޅުން ނޫން އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެހެން އުޅެން ހަދައިގެން ޖެހެނީ ބައިގޯލެވެ. 

    ހަމަތެދެކެވެ. ނުލަފާކަން ދައްކާލަން އެގޭނީ ވަކި ބަޔަކަށް ނޫނެވެ. ހިފާނެ ކުއްތާ ވައްވަކެއް ނުޖަހާނެއެވެ. ގުޑާގު ވިއްކަމުން ރިޝްވަތު ދެމުން ފައިސާ ދޮންނަމުން ގޮނޑިފޮއި އަޅަމުން އާޔަތްކިޔަމުން އުމަރުގެފާނު ހެދިގެން އުޅުުމުގެ ނިމުން ނިކަން ހިތިވާނެއެވެ.  

    ]]>
    Tue, 05 Mar 2024 21:44:08 +0500 ނިއުސް ޑެސްކް
    މުއިއްޒު ކެންޑިޑޓާއި ޕީއެންސީ ކެންޑިޑޭޓްގެ މުޑިއެރުން https://heerasnews.com/2303 https://heerasnews.com/2303 ޕީއެންސީއަކީ ވެރިކަމަށް އައި އިރު 3000 ހަމަނުވާ ކަރުދާސް ޕާޓީއެކެވެ. ރައީސް ޔާމީނު އަތްޕުޅުން ޕީޕީއެމް ދޫވެދާނެ ކަމުގެ ބިރަށް ހެދި ބެކަޕް ޕާޓީއެކެވެ. ޕީޕީއެމް ލީޑަރޝިޕުން މަދު ބަޔަކު ހިމެނޭހެން  ނަމެއްގައި އޮތް ޕާޓީއެކެވެ.

    ޕީޕީއެމްޕީއެންސީގެ ސެނެޓަކީ އެއް ސެނެޓެކެވެ. ޕީއެންސީއަށް ސިޔާސީ އެއްވެސް ބާރުވެރިކަމެއް ޕީޕީއެމާއި ނުލާ ލިބިގެނެއް ނުވެއެވެ. ރަށްރަށުގައި އެ ފިކުރުގެ ހުސްވެސް ތިބީ ޕީޕީއެމް މީހުންނެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންނެވެ. އޮންނަނީ ޕީޕީއެމްގެ ސްޓެއަރިންގ ކޮމެޓީއެވެ. އެ މީހުން ޕީއެންސީއެއް ނުދަނެއެވެ.

    ރައީސް ޔާމީނު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން މިނިކާ ބާޒުތަކުގެ ވަކިތަކުގެ ދަށުން ޕްރޮގްރެސިވް ކޯލިޝަން ސަލާމަތް ކުރެއްވުމަށް ޕްރޮގްރެސިވް ކޯލިޝަނުގެ ހުންގާނު ދޫކޮށްލެއްވީ އަުރޭގެ އަތް މައްޗަށެވެ. ވެރިކަމެއް ކުރެވޭވަރުގެ ގާބިލު ކަމެއް ނެތް ވަފާތެރި ގަބުޅި ކަތީބަކަށް ވީތީއެވެ. ރައީސް ޔާމީނަށް ދޯކާ ނުދޭނެ ކަމަށް ދެކިވަޑައިގެންނެވެ. 

    އާހިރުގައި މުއިއްޒާ ބައިވެރިވެގެން ޕްރޮގްރެސިވް ކޯލިޝަން އަދުރޭ ފޭރިގަތީ މިނިކާ ބާޒެއް ފިޔޮއް ކުކުޅެއްގެ ބަނޑުދަށުން ފިޔޮއް ޖަހައިގަންނަހެނެވެ. ކަންވީގޮތް އެންމެނަށް ވެސް ފެންނާނެއެވެ.

    ރައީސް ޔާމީނަށް ދޯކާދީ އެ މަނިކުފާނުގެ ނަންފުޅު ބޭނުން ކޮށްގެން މުއިއްޒު ވެރިކަމަށް އިންތިހާބު ވުމާއެކު ސިޔާސީ މަސްރަހުން އެ ބިޔަ ބޮޑު ޕީޕީއެމްގެ ވާގި ނައްތާލީއެވެ. ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމަކަށް ޖާގައެއް ނެތެވެ. ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމުން ވާދަ ކުރުން މަނަލެވެ. ޕީޕީއެމަށް އޮތީ މެންބަރުންގެ އަދަދުން ޕާޓީއަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ ޕީއެންސީ ހިންގަން ދިނުމާއި ޕީއެންސީ ބާރުވެރި ކުރަން ވޯޓު ދިނުމެވެ. 

    ޕީޕީއެމްގައި ގިނައީ ރައީސް ޔާމީނަށް ވަފާތެރި މެންބަރުން ކަމުން ޕީޕީއެމްގެ ތާއީދާއެކު މަޖިލީހަށް ވާދަކުރަން ޓިކެޓް ލިބޭނީ ރާއީސް ޔާމީނުގެ ވަފާތެރިންނަށް ކަމަށް ބަލާ ޕްރައިމަރީން ޕީއެންސީ ޓިކެޓް ލިބޭ ކޮންމެ މީހަކީ މުއިއްޒުގެ މީހަކަށް ނުވާނެ ކަމަށް މުއިއްޒު ދުއްޓެވެ. އެހެން ކަމުން ޕީއެންސީއަށް މީހުން ވައްދާލީ ތިޔަ ހެންނަކުން ނޫނެވެ.

    މޫނެއް ކަނދުރާއެއް ނުބަލާ މީހުން ވައްދާ ޕީއެންސީ ޕްރައިމަރީގައި 70 ހާހަށް ވުރެ ގިނަ މީހުން ވޯޓްލެއްވިވެ. ސައްހަ ނޫން ވޯޓަރސް ލިސްޓަކަށް ވޯޓުލައްވައިގެން ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރި ބަޔަކު ކާމިޔާބުކޮށްފިއެވެ. ޕްރައިމަރީ ކާމިޔާބު ކުރެވުނަސް ގިނަ މީހުނަށް އެކަމުގައި އުފަލެއް ނެތެވެ.

    ޕްރައިމަރީ ކާމިޔާބު ކުރި ގިނަ މީހުންނަކީ ރައީސް ޔާމީނު މީހުން ކަމުގެ ތުހުމަތުތައް ފެށި ގިނަ ދާއިރާތަކަށް މުއިއްޒު މީހުންގެ ނަމުގައި މީހުން ނިކުމެ ކެންޕޭން ފެށިއެވެ. މަޖާ ކަމަކީ ސަރުކާރު ކެންޑިޑޭޓް ކަމަށް އެއް ދާއިރާއަކުން އެތައް ބަޔަކު ދައުވާ ކުރުމެވެ. ޕާޓީ ކެންޑިޑޭޓާއި އަދުރޭ ކެންޑިޑޭޓާއި ސާޖިދާ ކެންޑިޑޭޓާއި މުއިއްޒު ކެންޑިޑޭޓް ތިބެއެވެ. 

    ދެރަކަމަކީ ކުރިއްސުރެ ޕާޓީ ފިކުރުގައި ގާތުން ހަރަދުކޮށް ބުރަ މަސައްކަތްކޮށް ބޮޑު ސަޕޯޓު ބޭސް ހިފަހައްޓާ ދެމެހެއްޓީ ގިނަ މީހުންނަށް ފަތަފޮޅިދަށުލާ ފަތްގަނޑަށް ވާވަރުވެސް މުއިއްޒު ވިޔަ ނުދިނީމައެވެ. ދާއިރާގެ މީހުން ދުވަހަކު ލޮލުން ނުދެކޭ މީހުން ދާއިރާތަކަށް ފާކޮށްގެން ޓިކެޓް ދީގެންނާއި ޓިކެޓް ނުދީ ސަރުކާރު ކެންޑިޑޭޓްގެ ގޮތުގައިނެރެ ދާއިރާ ތަކުގެ ރައްޔިތުންގެ އެތައް ބަޔަކު ރޮއްވާލާ އެއޮތް ބޮޑު ޕީޕީއެމް ވުޖޫދުން ފުހެލަނީއެވެ.     

     

    ]]>
    Tue, 05 Mar 2024 18:15:56 +0500 ނިއުސް ޑެސްކް
    ކާން ނަގާ ފައިސާއާއި މުއިއްޒު ސްޕީޑް: ޔާމީނު އަރިހުން https://heerasnews.com/2302 https://heerasnews.com/2302 ސަމާސާ ވާހަކައެއް ނޫނެވެ. ސަމާސާ މިޒާޖުގައި ދެއްކެވިއެސް ކަމަކީ ސީރިއަސް ކަމެކެވެ. ރައީސް މުއިއްޒުގެ ގޮތެއް ފޮތެއް ނެތް ވާހަކަ އެދައްކަނީ އެމްޑީޕީ މީހުނެއް ނޫނެވެ. އެމީހެއް ހިޔަނީގައި މުއިއްޒު ވެރިކަމަށް ގެނެސްދިން މީހުނެވެ. 

    ކިތަންމެ އަސަރެއް ކޮށްގެން ވެއްޓި ބޯޖެހުނު ނައިބު ވަޒީރުމެން އެކްސް ގައި ލިޔުނަސް ހަގީގަތަކީ ހަގީގަތެވެ. މެޑަމް ސާޖިދާ ނާޗަރަންގީ ކުޅެން ކަރޯކޭ ސިސްޓަމެއްގެ ސްޕީކަރ ޖޯޑަކަށް ދައުލަތުން ފަސްލައްކަ ޑޮލަރު ހަރަދު ކޮށްގެން އުޅެންޏާ އެވާހަކަ ދައްކާނެއެވެ.

    ދިރުނބާ ކޮޅުއެއްގަމަށް އެހެލަން ކަދުގައި ހިއްޕާފައި ހުރި ނައިބު ވަޒީރޫއެވެ. "މިއީ ރައީސް ޔާމީން އާއި އެ ޕާޓީން ވެއްޓެން ކޮން ދަރަޖައެއްތޯ؟" އަހާނެ ކަމެއް ނެތެވެ. މުއިއްޒުގެ ލަދު ހަޔާތުގެ ކަންފުޅެއް ނެތީމަ މިހާ ގޮތްކުޑަކޮށް ވާހަކަ ދައްކާނެކަން އެގެންވާނެއެވެ. މެޑަމް ސާޖިދާ އާއި ގުޅުވާ ބޭ އަދަބީ ވާހަކަތައް ރަސްމީ ޖަލްސާއެއްގައި ނުދައްކާނީ ނުދެއްކޭ ވަރަށް އަބުރުވެރި ނަމަތާއެވެ. ރައީސް ޔާމީނު އަތްޖައްސަވައިގެން ފުއްދާލެއްވިކަން ނަސީބެވެ.

    މުއިއްޒު ދައްކާނެ ވާހަކައާއި ނުދައްކާނެ ވާހަކަ ސާޖިދާއަށްވުރެ ބޮޑަށް ތިޔައެނގެނީ ޝިއުނާއަށެވެ. ޝިއުނާ ތިޔަ ބުނަނީ ކޮން ފިކުރެއްގެ ވާހަކައެއް ކަމެއް ނޭގެއެވެ. ހަމަ ޔަގީނުންވެސް މުއިއްޒަކީ ޔާމީނު ފިކުރުގެ މީހެއް ނޫނެވެ. އެ ފާޑަށް މުއިއްޒާ ސާޖިދާ ތެޅެބާލަނީ އެހެން ވީމައެވެ. އާނއެކެވެ. ހަމަ ގޮތްކުޑައީއެވެ.

    ]]>
    Mon, 04 Mar 2024 17:05:33 +0500 ނިއުސް ޑެސްކް
    ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް އޮތިއްޔާ އިންޑިއާ ސިފައިން ތިބޭނެ https://heerasnews.com/2301 https://heerasnews.com/2301 މުއިއްޒު ކަމަކީ އަދިވެސް އޮޅުވާލުމެވެ. ދޮގު ހެދުމެވެ. ހަދާހާ ދޮގަކަށް ހެއްލޭކަށް ދިވެހިންނަކީ ބުއްދިނެތް ބައެއް ނޫނެވެ. އޭދަފުށީގައި މީހުން އެއްކޮށްގެން 10 އެޕްރީލުގެ ފަހުން ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ބުނީމާ އެމީހުންވެސް އެ ވާހަކަ ގަބޫލެއް ނުކުރެއެވެ. އޭދަފުށީ މީހުންނަކީ މޮޔައިންނޭ މުއިއްޒަށް ހީވަނީ ހެއްޔެވެ. ހުސްގޮނޑިއަކާއި ޔާމީނުގެ ފޮޓޯ ވިއްކައިގެން ވެރިކަން ހޯދުނަސް ހަދާހާ ދޮގަކަށް އެންމެނެއް އަބަދަކު ނުހެއްލޭނެއެވެ. މުއިއްޒު ވިއްކި ދޮގުގަތް ގިނަ މީހުން މިއަދު އެތިބީ ހެދުނު މޮޔަ ހީވެ ފޫހިވެފައެވެ.

    ބުނަން ހެއްޔެވެ. 10 އެޕްރީލްގެ ފަހުން ވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނެއެވެ. އެ މީހުން ބޭރެއް ނުކުރެވޭނެއެވެ. ސިވިލިއަނުންގެ ނަމުގައި ހެދުން ބަދަލުކޮށްގެންވެސް އައިސް ތިބޭނީ އިންޑިއާ ސިފައިންނެވެ. ރާއްޖޭން އިންޑިއާ ސިފައިން ބާލަންޏާ އެންމެ ފުރަތަމަ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވާލާށެވެ.  

    އިމަރޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގައި ބޭނުންކުރާ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓަކީ އިންޑިއާގެ އަސްކަރިއްޔާގެ އުޅަދު ތަކެކެވެ. ރާއްޖޭއަށް އެތަކެތި ގެނެސްގެން ބޭނުންކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ވީ އެއްބަސް ވުމެއްގެ ދަށުންނެވެ. އެ އުޅަދު ފަހަރު މަރާމާތުކޮށް ބެލެހެއްޓުމާއި އޮޕަރޭޓް ކުރުމަކީ އިންޑިއާ އިންޑިއާއިން ކޮށްދޭން އެއްބަސް ވެގެން އެގޮތަށް ހިނގަމުން އައިކަމެކެވެ. 

    އިންޑިއާގެ އަސްކަރީ އުޅަދު ތަކެއް ބަލަހައްޓަނީ އިންޑިއާ އަސްކަރިއްޔާއިންނެވެ. އަސްކަރީ ކަންކަމަކީ ސިވިލިއަނުން (އާއްމުން) ނަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެއިން ކޮންމެ ކަމަކާ އަސްކަރީ އެތައް ކަމެއް ލާމެހިފައި އޮވެއެވެ. އާންމުންގެ އަތް މައްޗަށް އަސްކަރީ އުޅަނދު ފަހަރު ދޫކޮށްލުމަކީ އެއްވެސް އަސްކަރިއްޔާ އަކުން ކުރާނެ ކަމެއް ނޫނެވެ. 

    ރާއްޖޭގައި އޮޕަރޭޓްކުރާ އިންޑިއާގެ އަސްކަރީ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލަހައްޓާކަށް އިންޑިއާއިން އާއްމުންނެއް ނުފޮނުވާނެއެވެ. ދެ ގައުމުގެ ދިފާއީ  ސިއްރުތަކެއް އާއްމުންގެ އަތްމައްޗަކަށް ދޫކޮށެއް ނުލާނެއެވެ. ދޫކޮށް ލެވޭކަށް ނުވެސް އޮންނާނެއެވެ. ދިވެހި ސިފައިން ވެސް އެ ގޮތަކަށް ބޭނުމެއް ނުވާނެއެވެ. 

    ކިތަންމެ އޮފުދާރު ކޮށްގެން ވާހަކަ ދެއްކިޔަސް ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ދުއްވާ ބެލެހެއްޓުމަކަށް އިންޑިއާއިން އާއްމުންނެއް ނުފޮނުވާނެއެވެ. ހެލްކޮޕްޓަރުތަކާއި ޑޯނިއާ ބޯޓު ބޭނުން ކޮށްގެން އިންޑިއާ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާއިން ހޯދާ އެއްކުރާން ބޭނުންވާ އެއްވެސް މައުލޫމާތެއް ސިވިލިއަނުން މެދުވެރިކޮށްގެން ހޯދާކަށް ދޫކޮށެއް ނުލާނެއެވެ. އަނެއްކާ ހަމަ އެކަނި ބަލި މީހުން އުފުލައިލާ ރެސްކިއު އޮޕަރޭޝަން ތަކަށް އަގު ބޮޑު އުޅަނދު ތަކެއް ދޫކޮށްލައިގެން ދުވަހުން ދުވަހަށް އިންޑިއާ އަސްކަރިއްޔާއިން ހަރަދު ކޮށްކޮށެއް ނުތިބޭނެއެވެ. 

    ސިވިލިއނުންގެ ނަމުގައި ވިޔަސް ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް އޮޕަރޭޓް ކުރަން ތިބޭނީ އިންޑިއާ ސިފައިންނެވެ. ކޮންމެ ހެދުމެއްގައި ތިއްބަސް ސިފައިން ވާނީ ސިފައިންނަށެވެ. ރާއްޖޭގައި އެ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް އޮތްހާ ހިނދަކު މި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނެއެވެ. ނުބޭލޭނެއެވެ. ހިތްވަރެއް ހުރިއްޔާ  ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ރާއްޖޭން ފޮނުވާލާށެވެ. އޭރަކުން އިންޑިއާ ސިފައިންނެއް ނުތިބޭނެއެވެ. 

    ]]>
    Mon, 04 Mar 2024 14:57:00 +0500 ނިއުސް ޑެސްކް
    ރިޔާޒު ގާފުރޮޅިވަރަކަށް ފޮރުވުނީ އަފްރާޝީމް މަރުގެހަގީގަތް! https://heerasnews.com/2300 https://heerasnews.com/2300 ބަގާވާތަކުން ގާނޫނީ ސަރުކާރެއް ވައްޓާލުމުގައި ފެބްރުއަރީ 7ގައި އެންމެ އިސްކޮށް ހުރި އެކަކީ އަބްދުއްލާ ރިޔާޒު ނޫން ދެވަނަ ދެމީހެއް ނޫނެވެ. ފުލުހުން ހަމަ މަގުން ނައްޓުވާލާ ސިފައިންނާއި ފުލުހުންގެ ކުރިތިލުމަކަށް ދުއްވާލުމުގެ އިސްރޯލެއް ކުޅުނު އެކަކީވެސް ރިޔާޒެވެ. 

    ފެބްރުއަރީ 7 ގެ ބަގާވާތް ކުރުމުގައި އަމަލީގޮތުން އުޅުނު އިސް މީހުންވެސް އެތިބީއެވެ. ކާނަލް ނާޒިމުގެ އޯޑަރަށް ސިފައިން ހިންގި ފެބްރުއަރީ 7ގެ ބަގާވާތުގައި ގްރައުންޑް ކޮމާންޑަރަކީ މިހާރުގެ ހޯމްލޭންޑް ސެކިއުރިޓީ ވަޒީރު އިހުސާނެވެ.

    މާ ހަމަ ގަބޫލުކުރާ އިންސާފުވެރި މީހަކަށް ހެދިގަނެގެން އަބްދުއްލާ ރިޔާޒަކަސް އިހުސާނަކަސް އުޅޭނެ ކަމެއްނެތެވެ. ކިތަންމެ ވަރަކަށް މަތި އޮމާންކޮށް ހަގީގީ ސިފަ ފޮރުވަން އުޅުނަސް ބާގީއަކު ވާނީ ބޮޑު ބާގީއަކަށެވެ. ގާޒީއަކަށް ނުވެވޭނެއެވެ.

    ރައްޔިތުން އިންތިހާބު ކޮށްފައިވާ ޑިމޮކްރެޓީކް ފުރަތަ ގާނޫނީ ވެރިކަން ވައްޓާލުމުގައި ކާނަލް ނާޒިމާއި އަބްދުއްލާ ރިޔާޒާއި އިހުސާނު އަމަލީ ގޮތުން ބޮޑު ދައުރެއް ކުޅުނު ނަމަވެސް އޭގެ ފަހަތުގައިވެސް ބަޔަކު ތިއްބެވެ. މުޅި ހަރަކާތުގެ މުގުލަކީ މައުމޫނެވެ. ބަގާވާތުގެ އިންޖިނޭރަކީ ޔާމީނެވެ. ހަރަދު ކުރީ ގާސިމެވެ. ދީނީ ކާޑު ކުޅެން އިސްކޮށް ހުރީ ޑރ. ޝަހީމެވެ.

    ބަގާވާތުގެ އަހުލުވެރިންގެ ދަށުވެ ޑރ. މުއިއްޒަކީވެސް ހައިޖެކްވެފައި ހުރި މީހެކެވެ. މައުމޫނާއި ގާސިމާއި ކާނަލް ނާޒިމާއި އަބްދުއްލާ ރިޔާޒު ބޭނުންވާ ކަމެއް ނުކޮށްދީ ކުރެވޭނެ އެއްވެސް ކަމެއް މުއިއްޒަކަށް ނުއޮންނާނެއެވެ. ގާސިމާއި ނާޒިމާއި ރިޔާޒަށް ޖެހޭނީ ދާއިރާ ގޮނޑިތައް ވެސް ދޫކޮށްލާށެވެ.

    އުމަރު ނަސީރާއި ޝެއިހު އިމްރާނާއި ޑރ. އަފްރާޝީމް ކަހަލަ މީހުންނަކީ ކުރިން ބުނި މީހުންގެ ބޭނުމަށް ގުރުބާން ކުރެވުނު ކަންބަޅި ތަކެއް ފަދަ ބައެކެވެ. ބަގާވާތުގައި ރައްޔިތުންގެ ކުރި މައްޗަށް ކަތިލަން ނެރުނީ އެމީހުންނެވެ. 

    ގުރުބާން ކަންބަޅިތައް ގުރުބާން ކުރެވިގެން ދިޔަސް މައުމޫނާއި ގާސިމާއި ކާނަލް ނާޒިމާއި ރިޔާޒާއި އިހުސާނާއި އެންމެން މިއަދު ތިބީ ކޮންތާކުހެއްޔެވެ. މިއަދުވެސް އެ އެންމެން އެތިބީ އެއް އޮޑީގައި އެގޮތުގައެވެ. ކުރިބޯއްޓަށް މުއިއްޒުލައިގެން ދައުލަތުގައި ވަކި ހިއްޕާލައިގެން އެތިބީ އެމީހުންނެވެ. އޭގެ ތެރޭގައި އުމަރެއް އިމްރާނެއް އަފްރާޝީމެއް ނެތެވެ. އަފްރާޝީމް ދުނިޔޭގައިވެސް ނެތެވެ. އުމަރާއި އިމްރާނު އަދި އެބަތިއްބެވެ. 

    މައުސޫމް ޑރ. އަފްރާޝީމް ހަމަ ރަނގަޅަށް ވެސް ގުރުބާން ކޮށްލެވުނީއެވެ. ރަހުމްކުޑަ އަނިޔާވެރި ގޮތަކަށް އެފަކީރުގެ ފުރާނަ އުދުއްސާލީއެވެ. އެކަން ކުރީ ކޮންމެ ބަޔަކު ކޮންމެ ނިޔަތެއްގައި ކަމުގައިވިޔަސް ޕޯސްޓުމޯޓަމް ހެދުމެއް ނެތި ވަޅުލާ ނިންމާލީ ލަހެއް ފަހެއް ނުވެއެވެ. ކަތިލެވިފައިވާ ހަށިގަނޑު ފެނުނު ސަރަހައްދު އެކީ އެކައްޗަކަށް ވަގުތުން ވަގުތައް ދޮވެ ސާފުކޮށް ފޮރިންސިކް ހެކި ނުހޯދޭވަރު ކޮށްލިއެވެ. އެ ގަތުލުގެ ސިއްރު ހޯދަން ޕޮލިސް ކޮމިޝަނަރު ކަމުގައި އޭރު ހުރި އަބްދުއްލާ ރިޔާޒް ނުފޮރުޅާ ގަލެއް ނެތެވެ. ގާފުރޮޅި ވަރަކަށް ފޮރުވުނީ އަފްރާޝީމް މަރުގެ ހަގީގަތެވެ.    

    ]]>
    Mon, 04 Mar 2024 12:46:21 +0500 ނިއުސް ޑެސްކް
    ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް https://heerasnews.com/2296 https://heerasnews.com/2296 ރާއްޖެއަށް މާލީ އެއްވެސް ދަތިކަމެއް ނެތެވެ. ބޯކޮށް ޑޮލަރު ވަދެއެވެ. ދައުލަތުގެ ހަޒާނާ ފުރިބާރުވެގެން ބަންޑުން ވަނީއެވެ. ދިވެހިންގެ ރާއްޖޭގައި ފިކުރެއް ހިޔާލެއްނެތެވެ. އެންމެން ތިބީ އުފަލުން ލަވަކިޔާލަ ކިޔާލައެވެ. ދިވެހިންގެ ރާއްޖޭގައި ފިކުރެއް ހިޔާލެއްނެތެވެ. 

    އެހެން ނޫވާނީ ކީއްވެހެއްޔެވެ. ދިވެހީންގެ ރާއްޖެއަކީ ހަޔާތުގެ ފިކުރު ނެއްތަނެކެވެ. ބެންކޮކާއި ދުބާއީން އެންމެނަށް ޝަރުތެއް ނެތި ހިލޭ ބޭސް ކުރެވެއެވެ. ވައިގެ ތެރޭގައި އެއަރ އެންބިއުލާންސްތައް ކޮޅުކޮޅަށް ކުރުކާލި ކަނޑަނީއެވެ. އިންފްލޭޝަން ޒީރޯގައެވެ. ބޭނުން ވަރަކަށް ޑޮލަރު ލިބެއެވެ. ކަރަންޓާއި ފެނާ ލިބޭނީ ހިލެއެވެ. ބޯހިޔާވަހިކަމަށް ސަލާން ޖެހުން ހަތިމު ވެއްޖެއެވެ. 

    ދައްކަންޖެހޭ އެތެރޭގެ ދަރަންޏެއް ބޭރުގެ ދަރަންޏެއް ނެތެވެ. ލާރި ނުލިބިގެން މަސްވެރިއަކު ކުކުރާވނުލައެވެ. ހުރިހާ ރަށެއްގައި ވެސް އެންމެ ފަހުގެ ސިއްހީ ހިދުމަތާއި ބޭސް ލިބުމަކަށް ކުޑަވެސް އުދަނގުލެއް ނެތެވެ. ޔުނިވަރސިޓީ ތައުލީމު އެކުއްޖަކު ހުރިތާކުން އެކުއްޖަކަށް ލިބެއެވެ. ޒުވާނުން ފަންނިއްޔާތުގެ ރޮނގުތަކުން ކުރިއަރާ ގޮސް ހޯދާ ނުފެނެއެވެ. ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެކެވެ. އަމިއްލަ ކަންތައް އަމިއްލައަށް ފުއްދައިގެން އުޅޭ ފޯރުންތެރި ރައްޔިތެކެވެ، 

    ކުށުން ހުސްވެފައިވާ މުޖުތަމައެކެވެ. އިގްތިސޯދީ ސަރަހައްދާއި ބޯޑަރު ބެލެހެއްޓުމުގެ މޮޅު ކަމުން އެހެން ބަޔަކަށް ކުޑަ ބޭރުވެސް އަރާނުލެވެއެވެ. ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުނުވެ އުޅޭ އުފެއްދުންތެރި ކަމެވެ. އެއް ހިޔާލެއްގެ އެއް ވިސްނުމެއްގެ އެއްބައެއް ވަންތަ ގައުމިއްޔަތެއްގެ ވެރި ބައެކެވެ. 

    ވަނީ އެހެންތާއެވެ. ދިވެހީންގެ ރައީސް އަނގައިން ނުކުރާ ކަމެއްނެތެވެ. ބަޖެޓްގައި ނެތިގެން ނުކުރެވެނީ ރަށްރަށުގައި ފަށާފައިވާ މަސައްކަތް ތަކެވެ. ބަޖެޓް ނެތަސް ކަނޑު އަޑީގާ އަންޑަވޯޓަރ ޓަނަލް އެޅެއެވެ. ނިމި ދޭން ނިންމާފައިވާ ގޯތިތަކާއި ފްލެޓްތައް ނުދެވުނަސް ފުށިދިއްގަރުފަޅު ހިއްކާ ސާޅީސް ފަންސާސް ގޯތި ދެވެއެވެ.. އާރުޓީއެލް ފެރީ ނިޒާމު ނުހިންގުނަސް އަރާ ކޮންމެ ރަށެއްގައި އެއަރޕޯޓް އަޅައެވެ. މިވަރުން ދަންޏާ ކޮންމެ ދެމަފިރި އަކަށް އެއަރޕޯޓެއް އަނގައިން އަޅާ ދޭނެއެވެ.

    ]]>
    Sun, 03 Mar 2024 15:10:32 +0500 ނިއުސް ޑެސްކް
    ހިތާދޫ ދާއިރާއަށް އާޔަތު: ކެންޕޭނުގައި ރައީސް ސޯލިހު https://heerasnews.com/2298 https://heerasnews.com/2298 މރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން އުޅުއްވަނީ ބ. އަތޮޅުގައެވެ.

    ބ. އަތޮޅުން ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގަތީ ބ. ދަރަވަންދޫ އަށެވެ. ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ އެމްޑީޕީގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރ އަދި ކެންދޫ ދާއިރާގެ ރައީސް އަހުމަދު ލަތީފް ބައިވެރިވެ ވަޑައި ގަންނަވައެވެ.

    ދަރަވަދޫ އެއަރޕޯޓުން ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވީ މަޖިލީހުގެ ހިތާދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އާޔަތުއްލާ ހުސައިނާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޕޮލިސީ ސެކެރެޓަރީ އަހުމަދު ހަމްދާން އާއި ހިތަދޫ ދާއިރާގެ އެމްޑީޕީ ކެންޕޭން ޓީމެވެ. ރައީސް ސޯލިހުގެ މިދަތުރުފުޅުގައި ދަރަވަންދޫގައި ދޮރުން ދޮރަށް ހިންގެވުން އޮތެވެ. 

     ރައީސް ސޯލިހު ދަރަވަންދޫގައި ދޮރުން ދޮރަށް ވަޑައިގަތުމުގެ ތެރެއިން މީހުންނާ ބައްދަލު ކުރައްވަނީ އިހުތިރާމާއެކުގައެވެ.

    ދަރަވަންދޫގައި ތަފާތު އެތައްބަޔަކާ އެމަނިކުފާނު ބައްދަލު ކުރައްވާ ވަނީ ތާއީދު ހޯއްދަވާފައެވެ. ހިތާދޫ ދާއިރާގައި ޕީއެންސީގެ ހަގީގީ ކެންޑިޑޭޓަކީ ކާކުކަން އޮޅި ސަޕޯޓަރުން ބައިބައިވެފައިވާ މިދަނޑިވަޅުގައި ހިތާދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓާ މެދު އެއްވެސް އޮޅުމެއް ނެތެވެ. 

    ރައީސް ސޯލިހުގެ ބ.އަތޮޅު ދަތުރުފުޅުގައި ކެންދޫ ދާއިރާއާއި ތުޅާދޫ ދާއިރާ ވެސް ހިމެނެއެވެ. 

    ]]>
    Sat, 02 Mar 2024 18:43:39 +0500 ނިއުސް ޑެސްކް
    މާލޭ ހުރިހާ ގޮނޑިއަށް އެމްޑީޕީގެ މެމްބަރުން ހޮވާނެ: މާލޭ މޭޔަރ https://heerasnews.com/2297 https://heerasnews.com/2297 މާލޭގެ ހުރިހާ ގޮނޑިތަކަށް އެމްޑީޕީގެ މެމްބަރުން ހޮވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް އެހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.

    އެމްޑީޕީގެ މެމްބަރުންނަށް ލާ ވޯޓަކީ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ބަޔަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމަކީ މުސްތަގުބަލު ގެއްލިގެންދާނެ ކަމެއް ކަމަށްވެސް މާލޭ މޭޔަރ ވިދާޅުވިއެވެ. 

    އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފިކުރާއި ސިޔާސަތަކީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދިނުމެވެ. ހެޔޮ ހިތަކާއިގެން މާލޭގެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުންނަށް ބިން ޔަގީންކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އާޒިމް ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ މުހިންމުކަން ދެއްވި އެއް ކަމަކީ މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައި ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

    މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތި ކަށަވަރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީގެ މެމްބަރުންނަށް ދޭންޖެހޭ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ދެކިވަޑައި ގަންނަވައެވެ. މިއަދު އެއްވެސް ބަޔަކަށް ގައުމު އޮތް ހާލަތު ނޯޅޭ ކަމަށާއި ވެރިކަން ހޯދުމަށް ޕީއެންސީން ހެދި ދޮގުތައް ހުރިހާ އެންމެންނަށް މިއަދު އެނގިއްޖެ ކަމަށްވެސް އާޒިމް މިރޭ ވިދާޅުވިއެވެ.

    ކޮވިޑު 19 ގެ ބަލިމަޑުކަމުގައި އިގުތިސޯދު ފުލުގައި ޖެހި ދެ އަހަރު ގެއްލިގެން ދިޔަ ނަމަވެސް، ކުރީ ސަރުކާރުން އެ ދަތިކަން ފޫބައްދަން ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ އުނދަގޫ ހާލަތުގައި އެއްވެސް މީހެއްގެ ވަޒީފާ އޭރު ނުގެއްލި ގައުމު ހަމަ މަގަށް އެޅުވުނެވެ. ނަމަވެސް މިހާރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށް ވެސް މޭޔަރ އާޒިމް ވިދާޅުވިއެވެ. 

    ]]>
    Sat, 02 Mar 2024 02:47:07 +0500 ނިއުސް ޑެސްކް
    އިސްލާމްދީނަކީ 17 ނޮވެންބަރުގައި ރާއްޖެއަށް ލެއްގި އެއްޗެއްނޫން. https://heerasnews.com/2295 https://heerasnews.com/2295

    ދޭދޭ ފަރުދުންގެ މެދުގައި ހުރި ހިލާފުތަކާއި ދެބަސްވުންތައް އެއްފަރާތް ކުރަންވީ މިހާރު ހެއްޔެވެ. ޖަމާއަތުގެ މަސްލަހަތު އިސްކުރަންވީ މިހާރު ހެއްޔެވެ. ފަހިމަގުން ކަންކަން ހިންގަން ޖެހެނީ މިހާރު އެކަނި ހެއްޔެވެ. 

    ގައުމު ބިނާ ކުރުމުގައި ބައިވެރިވެ ކޮންމެ މީހަކު ވެސް އެމީހެއްގެ ހިއްސާ އަދާކުރަން ޖެހެނީ މިހާރު ހެއްޔެވެ. ކޮންމެ މީހަކު ވެސް ގައުމު ބިނާކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަކަށްވީ އަދިކިރިޔާހެއްޔެވެ. ގައުމު ބިނާކުރުމުގައި ބައިވެރިވުން އިސްލާމު ދީނުގައި ޝަރުއު ކުރެއްވީ އަދި ކިރިޔާ ހެއްޔެވެ. 

    ގައުމުގައި ރިވެތި އަހުލާގާއި އަބުރުވެރި ދިރިއުޅުމެއް ފެތުރަން ޖެހޭކަން އެނގުނީ ޖަނާބު ޝޭހުގެ ދަނބި ދަރިއަކަށް ވެރިކަން ލިބުނީމާ ހެއްޔެވެ. މިއަދުގެ ހުތުބާގައި އެބުނާ ކަންކަމަކީ 17 ނޮވެންބަރު 2023ގައި ރާއްޖެއަށް ލެއްގި ކަންކަން ހެއްޔެވެ. 

    ދީނީ ކާޑު ކުޅެގެން ސިޔާސީ މަންފާ ހޯދަން ޝަހީމަކަސް މުއިއްޒަކަސް އުޅޭނެ ކަމެއްނެތެވެ. ރާއްޖެ އިސްލާމް ވީފަހުން 900 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ރާއްޖޭގެ މިސްކިތް ތަކުގައި ބަންގި ނުގޮވާ ދުވަހެއް ނުދެއެވެ. ފަސްނަމާދު ގާއިމު ނުކުރާ ދުވަހެއް ނުދެއެވެ. ޝަހީމާއި މުއިއްޒު ނެތަސް މާތްވެގެން ވާ އިސްލާމް ދީނުގެ ނޫރު މި ގައުމުގައި ދެމި އޮންނާނެއެވެ. 

    މާ ދީންވެރި ބަޔަކަށް ވެގެން  ހުކުރު ހުތުބާ ތަކަކީ ސިޔާސީ ބޭނުމަށް މައުސޫމު ސިކުނޑިތައް ދޮވެލަން ބޭނުން ކުރާ ހަތިޔާރަކަށް ނުހަދާށެވެ. ވެރިކަމުގައި ތިބީތީ ގައުމިއްޔަތޭ ވަޒަނޭ އެއްބައިވަންތަކަމޭ ކިޔައިގެން ސިޔާސީ ޗަރުކޭސް ކުޅޭއެއްޗަކަށް ހުތުބާ ނުހަދާށެވެ. 

    ތިމާމެން ވެރިކަމުން ބޭރުގައި ތިބިއިރު ގައުމު ބައިބައިކޮށް ފަސާދަ އުފެއްދިއިރު އިސްލާމް ދީން ކޮބައިހެއްޔެވެ. ދޮގާ މަކަރާ ހީލަތް ހަދައިގެން ވެރިކަން ހޯދީ ދިނުގައި އެގޮތަށް އެކަން ކުރަން އޮވެގެން ހެއްޔެވެ. މިސްކިތަށް އަރާ ފޮޓޯނަގައި ސަޖިދަ ވިއްކައިގެން ދީން ސިޔާސީ ބޭނުމުގައި ބޭނުންކުރީ އޭރު ވެރިކަމުގައި ތިބީ ކާފަރުންނަށް ވެގެން ހެއްޔެވެ. 

    އުއްމަތަށް ޝަހާދަތް ކިޔާ މުސްލިމު ބަޔަކާ ދެކޮޅަށް ދީނާ ގުޅުވައިގެން އޭރު ޝަހީމުމެން ނުދައްކަނީ ކޮންވާހަކައެއްހެއްޔެވެ. ތިމާމެން ވެރިކަމަށް އައުމުން އެ ހުރިހާ ފުރައްސާރައާއި ފަސާދައާއި ފިތުނަ ހައްގަށްވެ މުއިއްޒާ ހިޔާލުތަފާތު އެންމެންނަކީ ފާސިގުންނަށް ހެދުމުގެ އޮތީ ކޮން ހައްގެއް ހެއްޔެވެ. މުއިއްޒު މެން ވެރިކަމުގައި ތިބޭއިރު އެންމެން ތިބެންވީ މުއިއްޒު އަމީރުލްމުއުމިނީންއަށް ހަދައިގެން މުއިއްޒު ކިޔާހާ އެއްޗަކަށް އާދެ މަސާހިބު ކިޔާށެވެ. ޝަހީމުމެން ނޫން ބަޔަކު ވެރިކަމުގައި ތިބިއްޔާ އެބަޔަކީ ލާދީނީންނެވެ. ގައުމުން އިސްލާމް ދީން ފުހެލަން އުޅޭ މީހުންނެވެ. މުއިއްޒު ކިތަންމެ ދޮގެއް ހަދާ ކިތަންމެ ބޮޑު ލާދީނީ ކަމެއް ކުރިޔަސް ސަލަފު ވެސް އޮންނަނީ ލޮލަށް މިރުސް އެޅިފައެވެ. 

    ]]>
    Fri, 01 Mar 2024 15:11:58 +0500 ނިއުސް ޑެސްކް
    އަޒުލު ކުރުމަށް ހުރި ހުރަސްތައް މުއިއްޒު ފިލުވާދެނީ https://heerasnews.com/2294 https://heerasnews.com/2294 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމުގެ ބަދަލުގައި ގައިރު ގާނޫނީ ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ލަފާ ހޯއްދައިގެން އެލަފަޔަކަށް އަމަލު ކުރުމަކީވެސް ގައިރު ގާނޫނީ ކަމެކެވެ. ފުރަތަމަ ބަލަންވީ ދައުލަތުގެ ނަމުގައި ގާނޫނީ ލަފާދޭ މީހާއަކީ އެ މަގާމުގެ މަސައްކަތް ކުރަން ގާނޫނީ ގޮތުން ސައްހަ މީހެއްތޯއެވެ.

    އެހެން ނޫނަސް 80 މެމްބަރުންނަކީ މަޖިލީހުގެ ޖުމްލަ މެންބަރުން ކަމަށް ބަލައިގެން މަޖިލީހުން ނިންމި އެއްވެސް ނިންމުމަކީ ގާނޫނޫ އަސާސީއާ ހިލާފު ނިންމުމެއް ކަމަކަށް ސްޕްރީމް ކޯޓަކުން ނުނިންމައެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 89 މެންބަރުންގެ އަދަދު 80 ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅީ އެ މަޖިލީހަށް މުތުލަގަށް ލިބިދީފައިވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިންނެވެ.

    ރައްޔިތުންގެ މަޖިލީހުގެ ގަވައިދަކީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން ނުޖެހޭ ހަމައެކަނި ގާނޫނެވެ. ސްޕްރީމް ކޯޓަކަށްވެސް ރައީސުލްޖުމްހޫރިއްޔާއަށްވެސް މަޖިލީހުން ކަންކުރާން ޖެހޭ ގޮތެއް ކަނޑައެއް ނޭޅޭނެއެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރުވެސް ލިބިގެންވަނީ މަޖިލީހަށެވެ. މަޖިލީސް ހިންގާނެ ގޮތް ކަނޑައަޅާނީ މަޖިލީހުންނެވެ. ސްޕްރީމް ކޯޓަކުން ނޫނެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ގާނޫނު އަސާސީއާ ދެކޮޅަށް ވާހަކަ ދެއްކުމާއި ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބާރު ގާނޫނު އަސާސީން ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. 

    އަމްދުން ސްޕްރީމް ކޯޓުގެ ހުކުމެއްނެތި މަޖިލީހުން ނިންމާފައިވާ އެއްވެސް ނިންމުމަކީ ގާނޫނޫ އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައެޅޭނޭ ގާނޫނީ ހަމައެއް ނެތެވެ. ކަމެއް ގާނޫނަކުން ނުވަތަ ކޯޓު ހުކުމަކުން މަނާ ކުރުމުގެ ކުރިން ކުރެވޭ އެއްވެސް ކަމެއްގެ މައްޗަށް ފަހުން ހަދާ ގާނޫނެއްވެސް ކުރާ ހުކުމެއް ވެސް ހިނގުމަކީ ގާނޫނީ ހަމައެއް ނޫނެވެ. އެހެން އެކަން ވެއްޖެނަމަ ކުރިން ކުރެވިފައި ހުންނަ ކަންކަން މަންސޫހުވެ އިޔާދަ ނުކުރެވޭ ބޮޑު ހުސްކަމަކަށް ގައުމު ވެއްޓިގެން ދާނެއެވެ.

    80 މެމްބަރުން ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނެކަމަށް ކަނޑައަޅަން މުއިއްޒަކަށް އެއްވެސް ހައިސިއްޔަތެއް ނެތެވެ. އެހެން އެކަން އޮތްނަމަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމި ހުރިހާ ނިންމުމަކީ ބާތިލު ކަންކަމާއި ތަކެއްޗެވެ. އަނެއްކޮޅުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ބެއްޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރިީ 47 މެންބަރުންގެ ވޯޓުން ކަމުން އެބިލް ތަސްދީގު ނުކޮށް ހިފެހެއްޓުމުގެ ބާރެއް ރައީސަކަށް ނުއޮންނނާނެއެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ބެލީމާ މަޖިލީހުގެ އަގުލަބިއްޔަތަކީ 44 ކަމަށް ވެފައި އެ ބިލު ފާސްކުރީ 47 މެންބަރުންގެ ވޯޓުން ކަމުން އެކަން ގައިރު ގާނޫނީ ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. 

    ރާއްޖޭގެ ކުރީގެ ޕްރިސިކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ މާހިރު އަލްއުސްތާޒު އަހުމަދު މުއިއްޒު ވެސް ވިދާޅުވަނީ " ބިލު ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އުސޫލުން މެންބަރުންގެ އަދަދު ގުނުމުން ފާސްކުރުމަށް ބޭނުންވާ އަދަދަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން. މި ބިލް ތަސްދީގު ކުރެއްވުމަކީ ރައީސަށް ލާޒިމުކަމެއް." ކަމަށެވެ. 

    ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކޮށް، ގެޒެޓުގައި ޝާއިއު ކުރަން ރައީސަށް މަޖުބޫރެވެ. ގާނޫނު އަސާސީއާއި ހިލާފުވުމުގެ އާދަ ކަށީގައި ހިފާފައި ހުރި ރައީސް އަޒުލު ކުރުމުގެ ޖާގަ ރީތިކޮށް މުއިއްޒު އެދަނީ ހަދާދެމުންނެވެ. އަޒުލު ކުރުމުގައި ދިމާވެދާނެ ހުރިހާ ގޮންޖެހުމެއް ގާނޫނީ ގޮތުން ކުރިޔާލާ އެދަނީ ސާފުވެ އަޒުލަށް މަގު ކޮށެމުންނެވެ. 

    ]]>
    Thu, 29 Feb 2024 15:26:24 +0500 ނިއުސް ޑެސްކް
    ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކެން : އަދުރޭ https://heerasnews.com/2293 https://heerasnews.com/2293 ބަޖެޓްގައި ނުޖަހާ ކަންކަން ކުރުމަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސަތެއް ނޫން ކަމަށް ނޫސްވެރިންގާތު ޕީއެންސީގެ ޗެއަރޕަންސަން ކަމާއި ރައީސް މުއިއްޒުގެ ސީނިއަރ މިނިސްޓަރު (އިސްވަޒީރު)ކަން ކުރާ އަބްދުއްރަހީމް އަބްދުއްލާ އަނގަފުރާފައި ބުނެފައި އެބައޮތެވެ. 5 އަހަރު ތެރޭގައި ބަޖެޓްގައި ނެތް މަޝްރޫއަކަށް ހަރަދު ނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. އެންމެ ކުޑަމިނުން މަޝްރޫއުގެ ފައިސާގެ ދެބައިކުޅަ އެއްބައި ބަޖެޓްގައި ނެތްނަމަ މަޝްރޫއު ބަޔަކާއި ހަވާލު ނުކުރާނެ ކަމަށް ވެސް އަބްދުއްރަޙީމް ބުންޏެވެ. 

    ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކޭ ކަމަށްވެސް އަދުރޭ ބުނެފައި އެބައޮތެވެ. "މި ސަރުކާރުން މިކުރާ ކަމަކީ، ރައްޔިތުންގެ ތާއީދެއް ނެތްކަން އެބަ އިނގޭ، ދެން މިޖެހެނީ ނުފޫޒު ފޯރުވަން، ދެން މިހަދާގޮތަކީ، މިކަހަލަ ތާކުންތާކު ނުޖެހޭ ބޮޑެތި ވަޢުދުތައް ވަނީ" ކަމަށް އަދުރޭ ބުނެފައިވެއެވެ. އާނއެކެވެ. ދޮގުވައުދު ވުމުގައި މިހާވަރުގެ ސަރުކާރެއް ހަމަ ނުއޮންނާނެއެވެ.

    ކުރިއަށް އޮތް އިންތިހާބަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަމަށާއި އެކަމުގެ ފޯރި ދަނީ ބޮޑުވަމުން ކަަމަށް ނިއްކުރިއަށް ރުލެއް އަރުވާނުލާ އަދުރޭ ބުނެފައި އެބައޮތެވެ. މިމޭރުމުން އަދުރޭ ވާހަކަ ދެއްކީ ހުސްވި އަހަރު ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގެ ފަހުން 4 މަސް ނުވެ އަދުރޭ ދެއްކި ހުރިހާ ވާހަކައެއް އަދުރޭގެ އަނގަޔަށް ވަދެ ހުސްވެއްޖެއެވެ. އެ ދުވަހު އަދުރޭ ދެއްކި ހުރިހާ ވާހަކައެއް އަދުރޭ އިސް ވަޒީރުކަން ކުރާ ހޮޅި ސަރުކާރުގެ ތެރެއިން އަކުރުން އަކުރަށް ފެންނަމުން އެބަދެއެވެ. އާނއެކެވެ. މިވަރުގެ ހޮޅި ސަރުކާރެއް ނުލިބޭނެއެވެ.

    2024 ވަނަ އަހަރުގެ ބަޖެޓުން އުނިކޮށްފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހިންގަން ފެށީއެވެ. 99 އަހަރަށް ރާއްޖޭގެ ބިމުން ބައެއް އަޑިނޭނގޭ އެއްބަސްވުމެއްގެ ތެރެއިން ގޮތް ނޭނގޭ ބޭރު ބަޔަކަށް ދީގެންނެވެ. ރަށްރަށުގައި ހިންގުމަށް ބަޖެޓް ދީފައި ހުރި އަސާސީ ހިދުމަތް ދިނުމުގެ މަޝްރޫއުތައް ލަސްކޮށް ފަސްކޮށް ހުއްޓީއެވެ. އާނއެކެވެ. ބަޖެޓުގެ ބޭރުން ދައުލަތް ދަވާލަން މިހާވަރުގެ ސަރުކާރެއް މަދުވާނެއެވެ.

    ހޮޅި ވައުދުން ވައުދުވަމުން ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް އަޅާ ވާދޫ ކަނޑުގައި ޓަނަލްއަޅާ ދެގެދޭތެރޭ ބުރިޖުއަޅާ ދަރިން ނުލިބޭ މީހުން ބަލިވެ ބައިންދަމުން މި ސަރުކާރުން އެތިބަ ދަނީއެވެ. ހަނދުގައި ގެއަޅާދީ އެތަނަށް ބަދަލުވާން މީހަކު ނޭދޭކަން ގައިނަސީބެވެ. ބަޔަކު އެދެފިތަ އެކަންވެސް ކުރާނެއެވެ. އެކަމަކު އިންތިހާބަކަށް ނުފޫޒެއް ނުފޯރައެވެ. އާނއެކެވެ. ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ދުނިޔޭގެ ތާކު ނުތިބޭނެއެވެ.

    ރެއަކަށް އިރު އޮއްސުނު އިރު މަޖިލީހުގައި ތިބީ އަދުރޭމެންގެ ސަރުކާރަށް ނިސްބަތްވާ ހައެއްކަ މެންބަރުންނެވެ. އަނެއް ދުވަހަށް އިރު އެރިއިރު އޭގެތެރެއަށް 13 މެންބަރުން އިތުރުވީ މުއުޖިޒާތެއް ފަދަ އަޖައިބެއް ފަދައިންނެވެ. މަޖިލީހުގެ ވަކި ދާއިރާ ތަކެއްގެ ގޮނޑި، އަންނަ އިންތިހާބުގައި ސަރުކާރަށް ކަށަވަރު ކުރުމަށް އެ ގޮނޑިތައް ހިމެނޭ ދާއިރާތަކުން ވާދަކޮށްފާނެހެން ހީވާހާ މީހަކަށާއި ނުފޫޒެއް އޮތްހެން ހީވާ މީހަކަށް ސިޔާސީ މަގާމުތައް އޮހިގަތީ ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެނެވެ. އާނއެކެވެ. ރިޝްވަތު ދިނުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކޭނެއެވެ

    ދިވެހި ދައުލަތަށް އެންމެ އިސްވެރިއަކު ލިބުނީ އަދިކިރިޔާއެވެ. ހުސްވި ނޮވެންބަރ 17ގެ ކުރިން މި ރާއްޖޭގައި ދައުލަތުގެ އެންމެ އިސްވެރިޔަކު ދިވެހިން ނުދެކޭ ކަހަލައެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އަދުރޭ ހުރެގެން ދައުލަތުގެ އިސްވެރިޔާގެ ހަތަރެސްފައި ބަނުމަށް ނެގިނެގިފައި ޖެހުނު ގޮތް ފެންނަން އެބަހުއްޓެވެ. އެދުވަހު ހުރިހާ ބާރެއް އޮންނަންޖެހޭ ކަމަށް އަދުރޭ ވަކާލާތުކުރީ ރައްޔިތުންގެ މަޖިލީހަށެވެ. ދައުލަތުގެ އިސްވެރިޔާގެ ހަތަރެސްފައި މަޖިލީހުން ބަނުން އަދުރޭއަށް އޯކޭއެވެ. އަނެއް ކޮޅުން މަޖިލީހުން ފާސްކުރި ގާނޫނެއް ރައީސް ތަންފީޒު ނުކޮށްގެން ފަނޑިޔާރުގެއަށް ގޮސް ވެއްޓި ފުރޮޅުނީވެސް އަދުރޭއެވެ. ހަމަޖެހޭ އުސޫލާއި ހަމަ ނުޖެހޭ އުސޫލު އަދުރޭއަށް މާބޮޑަށް އެނގެނީއެވެ. އާންއެކެވެ. އަތްފައި ބަނުމުގައި މިހާވަރުގެ ސަރުކާރެއް ނުފެންނާނެއެވެ

    މުއިއްޒަށް ތާއީދުކުރާ މަޖިލީހެއް ހޯދުމަށް އަދުރޭމެން ގައިވީދޭ ބޭނުން މީހުނަށް އޮޅިގެނެއް ނޫޅެއެވެ. މުއިއްޒު ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމަކީ މި ބައިގަނޑުގެ ނިޔަތެވެ. "ގާނޫނު އަސާސީ ބަދަލު ކުރެވެން އޮތީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން" ކަމަށް އަދުރޭ ބުނީ ގައުމުގެ މިނިވަން ކަމާއި އަމާން ކަމަށްޓަކައެއް ނޫނެވެ. ގޮށްމުށުގެ ހުދުމުހުތާރު ވެރިކަމެއް ކުރުމަކީ އެމީހުންގެ މަގްސަދެވެ. ދުސްތޫރީ ނިޒާމު އޮޅާލުމެވެ. ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ. އާނއެކެވެ. ގާނޫނު އަސާސީއާއި ހިލާފުވުމުގައި މިހާވަރުގެ ސަރުކާރެއް ނަންނާނެއެވެ.

    ]]>
    Thu, 29 Feb 2024 13:56:48 +0500 ނިއުސް ޑެސްކް
    މުއިއްޒު ކިބައިން ފާޅުވަނީ ފިރުއައުނީ ސިފަ! https://heerasnews.com/2292 https://heerasnews.com/2292 ރާއްޖޭގެ ރައީސް ކަމުގައި މިހާރު ހުރި މުއިއްޒު މަސައްކަތް ކުރަނީ ގޮނޑިކޮއްކޮ ރައްޔިތުންގެ މަޖިލީހެއް ހޯދުމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައީސަކަށް ހުންނަ މީހާ އެޅިހާ ބަތަކަށް ރިހައަޅާދޭން ތިބޭ ބައެއް ނޫނެވެ. މަޖިލީހަކީ ސަރުކާރުގެ ރަބަރު ތައްގަޑެއް ވެސް ނޫނެވެ. ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމަލުތައް ހުރީ ބަޔަކަށް ތަބާވާ އަޅުންތަކެއް ގޮތުގައި ކަމަށް މުއިއްޒު ސިފަކުރަނީ މުއިއްޒުގެ އަޅު ބަޔަކަށް މަޖިލިސްގެ މެންބަރުން ނުވެގެންނެވެ. 

    20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ރޯދަމަހު ބާއްވަން މުއިއްޒު ހަންކެނޑެނީ ކޮން މޮޅެއް ހޯދަން ހެއްޔެވެ. މަޖިލީހުގެ އިންތިހާބަކާ މުއިއްޒަކާ ކޮންބެހޭ ކަމެއް ހެއްޔެވެ. ކޮންމެ ތާރީހެއްގައި އިންތިހާބު ބޭއްވިޔަސް އިންތިހާބު ބާއްވާ ތާރީހަކީ މުއިއްޒު ކަނޑައަޅަން ޖެހޭ އެއްޗެއް ނޫނެވެ. އިންތިހާބު ބާއްވާނެ ތާރީހު ކަނޑައަޅާނީ އިލެކްޝަންސް ކަމިޝަނުންނެވެ. އިލެކްޝަންސް ކަމިޝަނަކީ ސަރުކާރުގެ އޮފީހެއް ނޫނެވެ. ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައި އޮންނަ ތަނެއް ނޫނެވެ. އިލެކްޝަންސް ކަމިޝަނަކީ ގާނޫނު އަސާސީން އުފައްދާފައި އޮންނަ މިނިވަން ތަނެކެވެ. އެތަން ޖަވާބު ދާރީ ކުރުވަން އޮންނަ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ.

    އިލެކްޝަނުން ކުރާކަންތަކަށް ގޮތް ފާޑުކިޔާ އެތަން ހަމަ މަގުން ކައްސާލަންޏާ ހަމައަކަށް އަޅުވާނީވެސް މަޖިލީހުންނެވެ. އިލެކްޝަނުން ކުރާ ކަމަކާ މުއިއްޒަކާ ކީކީހެއްޔެވެ. މުއިއްޒު އެ އުޅޭ ފާޑުން އިލެކްޝަންސް ކަމިޝަނަކީ ވެސް މުއިއްޒޭ ހީވެއެވެ. އިންތިހާބު ބާއްވާނެ ދުވަސް ކަނޑައަޅާ ހިސާބަށް ރައީސް ކަމުގައި ހުންނަ މީހާ ދިޔައިމާ ކަންކަމަށް މުއިއްޒުގެ ނުފޫޒު ފޯރުވުން އޮތްވަރު ކިތަންމެ ރަނގަޅަށް ސާބިތުވެއެވެ. 

    އިންތިހާބު ބާއްވާ ދުވަސް ކަނޑައެޅުން ފަދަ ކަންކަމަށް އެހާވަރަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާއިރު ޝަރީއަތްތަކަށް އަތްނުބަނާ މުއިއްޒެއް ނުހުންނާނެއެވެ. ގާނޫނު އަސާސީގެ ދަށުން ވެރިކަން ހޯދާ އެ ގާނޫނު އަސާސީގެ ދަށުން ބާރުތައް ހޯދައިގެން ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މުއިއްޒު ދިމާކޮށްފައި ހުރީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. 

    ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ތަންފީޒު ކުރަނީއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީ ތިބޭ މީހުންނަށް ވަޒީރުކަން ދީގެން ދައުލަތުގެ މާލިއްޔާއިން އެ މީހުނަށް ހަރަދުކޮށް އެ މީހުން ލައްވާ ދައުލަތުގެ މާލިއްޔާއިން ހަރަދުތައް ކުރުވާ އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ދައުލަތަށް ދެނީއެވެ. ގައިރު ގާނޫނީ ބަންޑާރަ ނައިބަކު ލައްވާ އިސްތިއުނާފް ކުރެވެން ނެތް މައްސަލައެއް ދުނިޔޭގެ ގާނޫނުތަކާ ހިލާފަށް އިސްތިއުނާފް ކުރުމުގެ ނަމުގައި ގޮތް ނޭނގޭ ބަޔަކަށް ދައުލަތުން މިލިޔަނުން ހަރަދު ކުރުވަނީއެވެ. ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ބަޔަކާ ކޮށްފައިވާ އެގްރިމަންޓް ތަކެއް ހުއްޓާ ޝަރުއީ ހުކުމެއްނެތި ގޯތިތަކާ ފްލެޓްތައް ނިގުޅައި ގަންނަނީއެވެ. މަޖިލީހުގެ ރުހުން ނުހޯދާ ބަޖެޓްގެ ބޭރުން މާލިއްޔަތު ގާނޫނާ ހިލާފަށް ދައުލަތް ޒިންމާވާ ގޮތަށް ފަޅުތަކާއި ބިންތަކާ ގޮތް ނޭނގޭ ފަރާތްތަކަށް ދެނީއެވެ. 

    ރައްޔިތުންގެ މަޖިލިސްދެކެ ރުޅި އަރައިގަނެގެން މުއިއްޒު މިއުޅެނީ ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް މަޖިލީހާ ހެދި ނުކުރެވިގެންނެވެ. "އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް ވޯޓު ދިނުމުގަ ތަބާވާ އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ" ކުރަން ހެޔޮވާވަރު ކަމެއް ނޫންކަން މުއިއްޒަށް އެނގުނީތީ އުފާވެއެވެ. އެފަދަ ބަޔަކު މަޖިލީހަށް އިންތިހާބު ވެއްޖެނަމަ " ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ،" ކަމަށް މުއިއްޒު ބުނީމާ އެކަމާ އެއްބަސް ވެއެވެ. މުއިއްޒު އެބުނާ ވައްތަރުގެ އަޅުންތަކެއް މަޖިލީހަށް ވައްދަން އުޅެނީ މުއިއްޒެވެ. ހަމަ ހިލާ އެކަން އެހެން ވިޔަ ދީގެން ނުވާނެއެވެ. 

    މުއިއްޒު ބޭނުންހާ ގޮތަކަށް މަޖިލިސް އަޅުވެތިކޮށްގެން ގެންގުޅެވޭ މަޖިލީހެއް މި ރާއްޖޭގެ ރައްޔިތުން ހޮވައެއް ނުދޭނެއެވެ. ހުސްގޮޑިއެއް ދައްކައިގެން ފޮޓޯއެއްގެ ނިވަލުގައި ދޮގު ވިއްކައިގެން ވެރިކަމަށް އާދެވިއްޖެއެވެ. އެކަމަކު މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހެއް ހޮވާދޭކަށް ރައްޔިތުން ތައްޔާރެއް ނޫނެވެ. ގިނަ ބަޔަކަށް ވޯޓުލާން ފުރުސަތު ބަންދުކޮށްގެން ރޯއްދަ ވީއްލާ ގަޑީގައި ވޯޓު ފޮށިތައް ހިލާލަން މުއިއްޒަކަށް ރައްޔިތުން ޗާންސެއް ނުދޭނެއެވެ.

    މަޖިލީހުގެ ކޮންޓްރޯލު ހޯދަން 13 މެންބަރުން ގަނެގެންވެސް މުއިއްޒަށް ހަމަ ނިންޖެއް ނުނިދުނު ނޫން ހެއްޔެވެ. ކޮށިއަރައިގެން ލޮނުމަދުކޭ ގިތެލެއްހެން އެއް ބިތުގައި ޖެހި އަނެއް ބިތުގައި ޖެހެމުން ތިޔަ ދުވަނީ ގައިމު ވަރެއްވެފާ ހުރެގެންތާއެވެ. ދައުލަތް ނޮޅާ ކާލަން ހުރި ދަހިވެތި ކަމެއްގެ ބޮޑުކަމުންކަން ކުޑަ ކުއްޖާއަށް ވެސް އެގޭނެއެވެ.

    ރަށްރަށު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކާއިރު ތިމާގެ މަސްއޫލއްޔަތުގެ ދަށުގައި ތިބި ރައްޔިތުންގެ ތެރެއިން ބަޔަކަށް ނިސްބަތްކޮށް ބައެއްގެ އަޅުންތަކެއް ކަމަށް ސިފަކުރާނީ ބަޔަކު އަޅުވެތި ކުރުމުގެ ނުބައި ވިސްނުން ބޮލުތެރޭގައި ހިނގަ ހިނގާ ހުންނާތީއެވެ. ފާޅުކަން ބޮޑުކޮށް މިހާރުވެސް އުޅެނީ އިލެކްޝަނަށް އަތް ބާނައިގެންކަން މުއިއްޒުގެ އަމަލާ ބަހުން ސާބިތުވެއެވެ. ރައްޔިތުންގެ އިންތިހާބު ކޮށްފައި ތިބި ބަޔަކު ގަނޑުކޮށް ގަނެގެން ގެންދަން ކެރޭވަރަށް ލަދު ހަޔާތް އަރުއްވައިގެންފައިވާ ވެރިއަކު ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. މޮޔަ ގެރިއެއްހެން ހިނގަމުންދާ މަޖިލީހުގެ ތަޅުމަށް މުއިއްޒު ވަދެގަނެ އެތަން ހިސޯރުކުރާ މަންޒަރު ސިކުނޑީގެ ލޮލަށް އެބަ ފެނެއެވެ. ވެރިކަމަށް ދުވަސް ވީވީހެން މުއިއްޒުގެ ކިބައިން ފާޅުވަމުން ދަނީ ފިރުއައުނީ ސިފަތައް ނޫން ދެވަނަ އެއްޗެއް ނޫނެވެ. 

    ]]>
    Wed, 28 Feb 2024 23:07:59 +0500 ނިއުސް ޑެސްކް
    މުއިއްޒު އުޅެނީ އަޒުލު ނުކޮށްގެން https://heerasnews.com/2291 https://heerasnews.com/2291 ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހަކު ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުވުމަކީ އެމީހަކު މަގާމުން އެއްފަރާތް ކުރަން ޖެހޭ ސަބަބެކެވެ. ރައީސް މުއިއްޒާ މެދު އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ރައްޔިތުންގެ އިތުބާރު މިހާ އަވަހަށް ވަނީ ގެއްލިފައެވެ. ގާނޫނު އަސާސީއާ ކަނޑައެޅިގެން ދަނީ ހިލާފުވަމުންނެވެ. ފާޅުކަން ބޮޑުކޮށެވެ. މުއިއްޒު ގާނޫނު އަސާސީއާއި ގާނޫނުތަކާ އެހާވަރަސް ހިލާފު އެވަނީ މުއިއްޒު ގެންގުޅޭ ގާނޫނީ ޓީމް ރާވައިގެން މުއިއްޒަށް ދޭ ކެއްސަކުން ނޫންބާއޭ ހިތަށް އަރައެވެ. 

    ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް އެމަގާމުގައި ހުރެ ކުރާ ގާނޫނާ ހިލާފު ކަންތައް ތަކުން ފަހުން ރެކިގަނެ މުއިއްޒު ބޮލަށް ކަނޑާލަން ކުރާކަމެކޭ ވެސް ހާދަ ހީވެއެވެ. ގާނޫނާ ހިލާފު ކަންކަމަށް ގާނޫނީ ހަމަ އަޅުވައިގެން މުއިއްޒު ލައްވާ ދައުލަތް ފާލުން ނައްޓުވާ ލާނީ އެހެންވެ ތާއެވެ. މުއިއްޒު ބޭނުންވާ ގޮތް ހަލާލު ކުރަން ދުސްތޫރީ ނިޒާމް ހާރުވާނީ އެހެން ވެތާއެވެ.

    ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ވަޒީރެއްގެ ގޮތުގައި ހުރެވޭނީ ރައީސް އައްޔަނުކޮށް އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބި ވަޒީރުކަމުގެ ގާނޫނީ ހުވާކޮށްގެންނެވެ. އައްޔަނުކޮށް ހުވާ ކުރިޔަކަސް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ މީހަކަށް ވަޒީރުކަމެއް ނުކުރެވޭނެއެވެ. ގާނޫނު އަސާސީ ބުނާ ގޮތަކީ އެއީއެވެ. ވަޒީރު ކަމަށް މީހަކު އައްޔަނުކޮށް ހުވާކޮށްގެން ވަޒީރުކަމުގައި އެމީހަކަށް ހުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. 

    ޑރ. ޝަހީމާއި ޑރ. ހައިދަރާއި އަހުމަދު އުޝާމް ވަޒީރުންގެ މަޖިލީހުގައި މިހާރު އެތިބެނީ ގާނޫނާ ހިލާފަށެވެ. އެތިން މީހުންނަކީ ވެސް އެ މީހުން މިހާރު އެ އަދާކުރާ މަގާމުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ބައެކެވެ. މަތިމައްޗަށް އައްޔަނު ކޮށް ހުވާ ކުރުވިޔަސް އެ ވުޒާރާތަކުގެ ވަޒީރުންގެ ގޮތުގައި އެ ތިން މީހުންނަކަށް ނުތިބެވޭނެއެވެ. ބައިތިއްބައިގެން ވެސް ނުވާނެއެވެ. އެއީ ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފަށް ރައީސް މުއިއްޒު ކުރާކަމެކެވެ. 

    ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނީ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށް ރައީސަށް ފޮނުވުމުން ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަޞްދީޤު ކުރާން ވާނެ ކަމަށް ގާނޫނު އަސާސީ ބުނެއެވެ. އެބިލު ތަސްދީގުނުކޮށް ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ފެންނަ އިޞްލާޙަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވުމަކީ ރައީސަށް އޮތް ގާނޫނީ ބާރެކެވެ. 

    ގާނޫނު އަސާސީގެ 91 ވަނަ މާއްދާ: ބިލު ތަޞްދީޤުކުރުމާއި އަލުން ވިސްނުމަށް އަނބުރާ ފޮނުވުން

    (ހ) ރައްޔި ތުންގެމަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާން ވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލުތަޞް ދީޤުކުރާން ވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާން ވާނެއެވެ.

    (ށ) ރައަޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއް ޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާންވާނެއެވެ.

    (ނ) ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއާޔާ ތަޞްދީޤު ކުރުމަށް ފޮނުވާ ބިލެއް ތަޞްދީޤުކުރާން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށަ ނުވަތަ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައި ފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރީ ކަމަށް ބަލައި ، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާންވާނެއެވެ.

    ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއް ޖެނަމަ، އެ ބިލެއް ރައީސުލް ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރަން ރައީސަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ.

    މިހެން މިކަން އޮތް އިރު ރޯދަމަހު އިންތިހާބު ނުބާއްވާ ގޮތަށް އިންތިހާބާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ފާސްކޮށް ތަސްދީގު ކުރަން ފޮނުވުމުން ތަސްދީގުނުކޮށް އަނބުރާ ފޮނުވުމުން އެބިލު އެއްވެސް ބަދަލެއް ނުގެނަސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެވަނީ ފާސްކޮށްފައެވެ. އެ ހިސާބުން ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރަން ރައީސަށް މަޖުބޫރު ވާނެއެވެ.

    މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ މިހާރު 80 އެވެ. 87 ކަމަށް ބެއްޔަސް އެބިލް ފާސްކުރީ 47 މެންބަރުންގެ ވޯޓުން ކަމުން ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތު ލިބެއެވެ. 87 މެންބަރުގެ އަގުލަބިއްޔަތަކީ 44 އެވެ. އެހެން ކަމުން ރައީސް މުއިއްޒަށް އެބިލް ޖެހޭނީ ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރާށެވެ. މިއަދު މަޖިލީހުން ފާސްކުރި ރޯދަމަހު އިންތިހާބު ނުބާއްވާ ބިލް ތަސްދީގު ނުކޮށްފިނަމަ އެކަން ވާނީ ރައީސް މުއިއްޒު ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުވީ ވުމަކަށެވެ.

    އެނގި ހުރެ ގަސްދުގައި ގާނޫނު އަސާސީ މުއިއްޒު ހިލާފުވަމުން މިދަނީ އަޅެ ކީއްވެގެން ހެއްޔެވެ. އެހާވެސް ފިއްތުން ބޮޑީހެއްޔެވެ. ވެރިކަމަކީ ހީކުރި ވަރަށް ވުރެ ބުރަ ބޮޑު ކަމަކަށް ވީހެއްޔެވެ. ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރިގެން އެއްވެސް ތަނެއް ނުފެންނަނީ ހެއްޔެވެ. ނޫނީ މަކުނު ސައްކެޔޮ ގަހަށް އެރިގޮތަށް ނުފޭބުނުހެން ނަގޫ ފިތިގެން ނުފޭބިފައި ހުރީ ހެއްޔެވެ. އުޅޭ ވައްތަރުން ހީވަނީ މުއިއްޒު އުޅެނީ އަޒުލު ނުކޮށްގެން ހެންނެވެ.   

    ]]>
    Wed, 28 Feb 2024 17:17:55 +0500 ނިއުސް ޑެސްކް
    ރޯދަމަހު އާއްމު އިންތިހާބު ބޭއްވުން މަނާ! https://heerasnews.com/2290 https://heerasnews.com/2290 ރޯދަމަހު އެއްވެސް އާއްމު އިންތިހާބެއް ބޭއްވުން މަނާކުރާ ގާނޫނު ފާސް ކޮށްފިއެވެ. މީގެ ފަހުން ރާއްޖޭގައި ބޭއްވޭ އެއްވެސް އާންމު އިންތިހާބެއް ރޯދަމަހުގެ ތެރޭގައި ނުބޭއްވޭނެއެވެ. 

    ރޯދަމަހު އިންތިހާބު ބޭއްވުން މަނާކުރާ ގާނޫނެއް ފާސްކުރަން ޖެހުނީ ރޯދަމަހު އިންތިހާބު ބޭއްވުމުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ވޯޓު ދިނުމުގެ ހައްގުން ގިނަ ބަޔަކު މަހުރޫމް ވުމުގެ ފުރުސަތު އޮތުމުންނެވެ. ރޯދަމަހަކީ ގިނަ ބަޔަކު ގިނަ ވަގުތު ރޭއަޅުކަން ކުރުމާއި އެހެނިހެން އަޅުކަމުގައި ހޭދަކުރާ މަހަކަށް ވުމުން ވޯޓް ލުމަށް ނިކުމެ ކިޔުގައި ވަގުތު ހޭދަކުރުމަކީ ރައްޔިތުނަށް ޖެއްސޭ ބޮޑުތަކުލީފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ދެކެއެވެ. 

    ރޯދަމަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ނިކުންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް އިލެކްޝަންސް ކަމިޝަނުން ވެސް ގަބޫލު ކުރެއެވެ. އަނެއް ކޮޅުން ރޯދަ ވީއްލުމަށް ވޯޓު ފޮށި ބަންދުކޮށް ވޯޓު ފޮށި ބަންދު ކުރާތާ ދެގަޑިއިރު ފަހުން ވޯޓު ގުނާ ގޮތަށް ހަމަޖެހުމަކީ ވޯޓުގެ ނަތީޖާގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

    އައު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ހުރިހާ އިންތިހާބެއްގައިވެސް ވޯޓް ލާން ފެށުމަށް ފަހު ވޯޓް ފޮށި ބަންދު ކުރަނީ ވޯޓުލާ ނިމުމުންނެވެ. ވޯޓު ފޮށި ބަންދު ކުރުމަށް ފަހު ވޯޓުލާ ފޮށި ދޮށުން މޮނިޓަރުންނާއި އޮބްޒަރވަރުންނާއި ވޯޓުފޮށީގެ މަސައްކަތުގައި އުޅޭ އޮފިޝަލުން ވޯޓުފޮށި ދޫކޮށް ދަނީ ވޯޓު ގުނާ ނަތީޖާ އިއުލާން ކޮށް ނިމުމުންނެވެ. ރޯދަ ވީއްލުމުގެ ކުރިން ވޯޓް ލުން ނިންމާލާ ފޮށި ބަންދުކޮށް މާފަހުން ފޮށި ކަނޑާ ނަތީޖާ އިއުލާން ކުރަން މަޖުބޫރުވާ ގޮތަކަށް އެއްވެސް އިންތިހާބެއްގެ ކަންކަން ތަރުތީބުވުމަކީ ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތް ކަމެކެވެ. 

    20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އާއްމު އިންތިހާބު ރޯދަ މަހު ބޭއްވުމަށް ތާވަލު ކުރުމުން އެކަން ހުއްޓުވުމަށްޓަކާ ރޯދަމަހު އިންތިހާބު ބޭއްވުން މަނާ ކުރާ މާއްދާތަކެއް އިތުރުކޮށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހުކޮށް ތަސްދީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވުމުން ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމުން އެއ އިސްލާހު އޮތްގޮތަށް މަޖިލީހުން ފާސްކޮށް ގާނޫނަކަށް މިއަދު ވަނީ ހަދާފައެވެ. 

    އެގޮތަށް އެ އިސްލާހު ފާސްވެ ގާނޫނަކަށް ވުމުން ރާއްޖޭގައި އެއްވެސް އާންމު އިންތިހާބެއް ދެން ބޭއްވޭނީ ރޯދަމަސް ނިންމާ ދިހަދުވަސް ފަހުންނެވެ. އެހެން ކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް އިލެކްޝަނުން ރޯދަމަހު ބޭއްވުމަށް މިހާރު ތާވަލް ކޮށްފައިވާ އިންތިހާބު 17 މާރޗް 2024 ގައި ނުބޭއްވޭނެއެވެ. އެ އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭހާ މޫސުން ނެތުމުން ދެން އެ އިންތިހާބު ބޭއްވޭނީ ރޯދަމަސް ނިންމާ ދިހަ ދުވަސް ފަހުންނެވެ.  

    ]]>
    Wed, 28 Feb 2024 16:09:23 +0500 ނިއުސް ޑެސްކް
    ބޯހަރު ސަރުކާރުގެ މިސްރާބު ހަމަމަގަށް އަޅުވަން ޖެހޭ! https://heerasnews.com/2289 https://heerasnews.com/2289 ތެދުފުޅެކެވެ. މިއަދަކު ބަލަން ތިބެވޭކަށް ނެތެވެ. ސަރުކާރު ހަމަ މަގުން ނެއްޓެއްޖިއެވެ. ހަމަ މަގަށް ނާޅުވައިފިއްޔާ މާދަމާވެސް ހަދާނީ ދޮގެވެ. މަސްވެރިންނަށް ދޮގު ހަދައިފިއެވެ. ގޯއްޗާއި ފުލެޓް ލިބުނު މީހުންނަށް އޮޅުވާލައިފިއެވެ. ދާހިލީ ގުޅުންތައް ކެނޑި ބާކީވެއްޖެއެވެ. ރައީސް ސޯލިހު އިއްޔެރޭ އެ ވިދާޅުވީ ވަރަށް ބޮޑު ތެދު ވާހަކަފުޅުތަކެކެވެ.

    ގޯއްޗާއި ފުލެޓް ލިބުނު ފަރާތްތަކަށް އޮޅުވާލާ ދޮގު ހެދި މައްސަލައިގައި އެކަނިވެސް، މި ބޯހަރު ސަރުކާރު ހަމަމަގަށް ގެންނަން ޖެހެއެވެ. ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކާ އެމްޑީޕީއަށް މަޖިލިސް އިންތިހާބު ވަރަށް މުހިންމެވެ. އެމްޑީޕީގެ ލީޑަރޝިޕް އޮތީ އެއް ވިސްނުމެއްގައި އެއް އަޒުމެއްގައި އިންތިހާބު ކާމިޔާބު ކުރުމަށެވެ. ޕްރައިމަރީގައި ނާކާމިޔާބުވި ފަރާތްތައްވެސް ނުކުމެ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރައްވަން ރައީސް ސޯލިހު އެދިވަޑައިގަނެއެވެ. އެމްޑީޕީއާއި ދުރަށް ޖެހިވަޑައިގެންނެވި ބޭފުޅުންވެސް އެމްޑީޕީގެ މެންބަރުންނަށް ތާއިދުކުރައްވާ އެމްޑީޕީގެ މެންބަރު ހޮވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަނެއެވެ. 

    ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި ދިވެހި ރާއްޖެ ގައުމެއް ގޮތުގައި ހިނގަ ހިނގާ އޮންނަތާ 2000 އަހަރު ވެއްޖެއެވެ. ގައުމުގައި މިނިވަންކަން އަބަދުވެސް އޮންނަންޖެހެއެވެ. މީގެ ކުރިންވެސް މިނިވަންކަން އޮތެވެ. ގައުމިއްޔަތު ވެސް އޮތެވެ. ނަމަވެސް ބަޔަކަށް މިއަދު ހީވަނީ މިއީ އައު ގައުމެއް ކަމަށެވެ. ހުރިހާ ވެސް މައްސަލައަކީ މި ސަރުކާރުގެ ބޯހަރު ކަމެވެ.

    ހިނގަހިނގާ އޮންނަ ގައުމެއްގެ ކަންކަން ނަގުލުވުމާއި އިޔާދަވުމާއި އައުކަންކަން ތައާރަފްވުމަކީ ދުނިޔޭގެ ސުންނަތެވެ. އެކި ދުވަހު ތަޖުރިބާ ކުރަންޖެހޭނީ އެކިކުލައެވެ. އެކިރަހައެވެ. އުފަލާއި ހިތާމައެވެ. ދައްޗާއި ފަސޭހައެވެ.

    ރައީސް ސޯލިހުގެ ވެރިކަމުގެ މިދިޔަ 5 އަހަރު ދަތި އުނދަގޫ ކަންކަމާއި ދިމާވިއެވެ. ކޮވިޑްގެ ތެރޭގައި ރިޒާވުގައި ފައިސާއެއް ނެތެވެ. ނަމަވެސް ރައްޔިތުން ބަނޑަށް ނުޖައްސާ ހުރިހާކަމެއް ކުރިއެވެ. ދޭދޭ ގައުމުތަކާއި އޮތް ގުޅުމުގެ ސަބަބުން ލޯންތައް ފަސްކުރެވުނެވެ. އޭގެ ކުރީ ސަރުކާރުން ވާރުތަވީ ދަރަނިތައް ދެއްކިއެވެ.

    ކޮވިޑްގައި ވިޔަފާރިތައް ބަނގުރޫޓް ނުވާނެގޮތަށް އެހީދިނެވެ. ފަތުރުވެރިކަމުގެ ދާއިރާ ބަނގުރޫޓް ނުވެ ހިފެހެއްޓުނެވެ. ކުދި ވިޔަފާރި ކޮޅަށް ޖެހިއެވެ. ނަމަވެސް މިއަދު ފެންނަނީ މެނޭޖް ކުރަން ނޭނގގިގެން އުޅޭތަނެވެ. ރައީސް ސޯލިހު ސަރުކާރުގެ އަމާޒަކަށްވީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމެވެ. ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތް ކުރުމެވެ.

    ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި މިއީ މިފްކޯ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށްލަންޖެހޭ ވަގުތެއް ނޫނެވެ. މިއަދު މިފްކޯއިން ފައިސާ ހޯދަން އެދިގެން އެއްވެސް ބޭންކަކުން ފައިސާއެއް ނުދޭނެއެވެ. އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރުމަކީ ގޯހެއް ކަމަށް އައިއެމްއެފްއާއި ވޯލްޑް ބޭންކުން ދަނީ ބުނަމުންނެވެ. އެކަމަކު މި ސަރުކާރުގެ ބޯހަރު ގޮތް ދޫނުކޮށް މިފްކޯ އެވަނީ އެސްޓީއޯއާއި ވަކިކޮށްފައެވެ 

    ރައީސް ސޯލިހު ވިދާޅުވަނީ ފްރީ ޓްރޭޑް އެގްރީމެންޓަކުން ކުރާނެ ފައިދާއެއް އަދި ނެތް ކަމަށެވެ. މަސްވެރިންނަށް ފައިދާ ވާނީ މަސް ގަންނަ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ މީހުންނާ އެއްބަސްވުމަކަށް އައިސް ގެންނެވެ. މަސް ގަންނަ ފަރާތްތަކާ އެ ވާހަކަ ދެއްކުނު ނަމަ 25 ރުފިޔާއަށް ކިލޯއެއް ގަނެ ޑޮލަރުވެސް ދެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

    މިދިޔަ ރިޔާސީ އިންތިހާބު ނިމުމަށްފަހުގައި އެމްޑީޕީން އެހެންކަހަލަ ތަޖުރިބާތަކެއް ކޮށްފިކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުން ތަކެއް ޕީޓީ ދޫކޮށް ދިއުމުން މާޔޫސްކަމެއް ލިބުނު ނަމަވެސް އެޕާޓީން ބުރަ މަސައްކަތްތަކެއް ކުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. 

    ]]>
    Wed, 28 Feb 2024 12:11:48 +0500 ނިއުސް ޑެސްކް
    ކަނޑު ހޯދާދޭ ނަމުގައި މިލިޔަނުން ޑޮލަރު ކައްވާލަނީ! https://heerasnews.com/2288 https://heerasnews.com/2288 ރާއްޖޭއާއި މޮރޮޝަސް އާއި ދެމެދުގައި އޮންނަ ކަނޑުގެ އިގްތިސާދީ ސަރަހައްދީ އިމުގައި ހައްލު ކުރަން ޖެހޭ ފުށުއެރުމެއް އޮތްކަމަށް ކަނޑައަޅާ އެކަން ބަލަން ނިންމީ އިޓްލޮސްގެ ނުވަ ފަނޑިޔާރުން ހިމެނޭ ހާއްސަ ޗެންބަރަކުންނެވެ. ރަށެއްގެ އޮޑި ހަރުގެއަކުން ނޫނެވެ. އެހެން ނޫނަސް އިޓްލޮސްގެ ނިންމުމަކީ ހަމަޖެހޭ ނިންމުމެއް ނޫންކަމަށް ކަނޑައަޅަށް ގައިރު ގާނޫނީ ބަންޑާރަ ނައިބު އަހުމަދު އުޝާމަކީ ކާކު ހެއްޔެވެ.

    އިޓްލޮސްއިން އެ މައްސަލަ ބަލަން ނިންމީ މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ކުރި ދައުވާއަށް އިންކާރުކޮށް ފަސް ނުކުތާއެއް ފާހަގަކޮށް ރާއްޖޭން އިންކާރު ކުރަމުން ދަނިކޮށެވެ. ރާއްޖޭން ފާހަގަ ކުރި ނުކުތާތަކުުން ދެނުކުތާއެއް ބަލައިނުގަތީ 9 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެހެން ނުކުތާ ތަކަށް ރާއްޖޭއާއި އެއް ކޮޅަށް ތާއީދުކުރީ އެންމެ ފަނޑިޔާރެކެވެ. އަނެއް 8 ފަނޑިޔާރުން ރާއްޖޭގެ ނުކުތާތައް ބަލައެއް ނުގަތެވެ. އެހެން ކަމުން މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އޮތްކަމަށް ބުނެ މޮރިޝަސްއިން ދައުވާކުރި މައްސަލައަކީ އިޓްލޮސްއަށް ނުބެލޭނެ މައްސަލަ އަކަށްވާ ރޮކެޓް ސައިންސެއް ރާއްޖޭގެ ގައިރު ގާނޫނީ ބަންޑާރަ ނައިބު ހޯދީމާ އަންނަނީ ހިންޏެވެ. ކޮންމެ ކަމެއްގައި އޮޅުވާލައިގެން ސިޔާސީ ޑްރާމާ ކުޅެން ނޫޅޭށެވެ.

    އެތަނެއްގެ ނިންމުމެއް އިސްތިއުނާފް ނުކުރެވޭ 21 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ކޯޓެއް ކަށްމަށްވާ އިޓްލޮސްއަށްވުރެ ރާއްޖޭގެ ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް މާބޮޑީތާއެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ. ހަބީރުންނާ ހަވާލާ ދީގެން ބޮޑެތި ނޫސް ބަޔާން ނެރުނަސް ތިޔަ ހޮއްލަނީ ހަމަ ހޮޅިއެވެ.

    ރާއްޖޭގައި ހުންނެވި ކަނޑުގެ ގާނޫނީ މާހިރު ޑރ. މުނައްވަރުގެ ނަން ބޭނުން ކުރަނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. އިގިރޭސިވިލާތާއި އެހެން ތަންތަނުން ހަބީރުން ހޯދާއިރު ރާއްޖޭގައި ހުންނެވި ޑރ. މުނައްވަރުގެ ގާނޫނީ ލަފާ ހޯދަން މަސައްކަތްކުރާ ވާހަކަ ތިޔަ ބުނަނީ ތިޔަ ގިރާ ރަނބައިގާ ޑރ. މުނައްވަރު ބައިވެރިވެ ވަޑައިނުގަތުމުން ނޫން ހެއްޔެވެ. ޑރ. މުނައްވަރަކީ އުޝާމް ކަހަލަ ގައިރު ގާނޫނީ ބަންޑާރަ ނައިބަކު ހާވާ ހަޑިއެއްގައި އުނގުޅޭ ވަރަށްވުރެ ވިސްނުން ތޫނު ބޭފުޅެކެވެ.

    އަނެއް ކޮޅުން ހޯދައިގެން އުޅޭ ބައިނަލްއަގުވާމީ ހަބީރުންނަކީ ވެސް މޮޔަބައެއް ނޫނެވެ. އެއްވެސް ބަޔަކަށް ތެޔޮވަޅެއް ފެނުނީމާ ބައިތޯލާ ތެޔޮ ނަގާފާ ތެޔޮވަޅު ފޮރުވައެއް ނުލާނެއެވެ. ކަނޑު ހޯދާދޭ ނަމުގައި އެ މީހުން ބޭނުން ވާނީ ނެގެން އޮތް އެންމެ ގިނަ އަދަދަކަށް ފައިސާ ނަގާށެވެ. ކަނޑު ހޯދާދޭ ނަމުގައި ކުރަމުން މިދާކަމަކީ މުއިއްޒު އިސްވެ ހުރެ ބައި އަޅައިގެން މިލިޔަން މިލިޔަނުން ދައުލަތް ދަވާލުމެވެ. 

    އިޓްލޮސްގެ ނިންމުމަކީ އިސްތިއުނާފް ކުރެވޭ ކަމެއް ނޫނެވެ. ގެއްލުނު ކަނޑުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ވާހަކަ މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ބޮޑުކޮށް ލިޔެގެން ދޮގު ވިއްކާއިރު އެކަމަކީ އިސްތިއުނާފް ނުކުރެވޭ ކަމެއްކަން ނޭގުނެވެ. އިސްތިއުނާފް ނުކުރެވުނަސް ގޭނި ހުސްވެގެން ވެސް ބޮޑު ވަރަކަށް ކުރެވޭނެ ކަމަކީ އިޓްލޮސްގެ ހުކުމުގައި އޮޅުމެއް އޮތްކަމަށް ދައްކައިގެން މާނަ ކުރަން ހުށަހެޅުމެވެ. ނޫނީ އިޓްލޮސްގައި އެ ޝަރީއަތް ހިނގިއިރު އޮވެމެ، އެ ޝަރީއަތުގައި ރިއާޔަތް ނުކޮށް ދޫކޮށްލެވިފައިވާ ކަމެއް ދައްކައިގެން މައްސަލަ ރިވިއު ކުރުމަށް ހުށަހެޅުމެވެ. ދެ ކަމަކީވެސް ހަރަދު ބޮޑު އުދަނގޫ ދެކަމެވެ. ކާމިޔާބު ކުރެވިދާނެ ކަމަށް ކުޑަވެސް އުންމީދެއް ނެތް ކަމަކަށް ދައުލަތުން މިލިޔަން މިލިޔަނުން ޑޮލަރު ބޭކާރު ކޮށްލުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑުގޮތް ކަމަށް ވާނަމަ އެކަން ވާނީ ކޮންމެހެން ކުރާށެވެ. 

    75 މޭލަށް ވުރެ ބޭރުން މަސްވެރިކަން ކުރުން މަނާ ދިވެހި މަސްވެރިންނަށްޓަކައި ސަރުކާރުން ކޮށްދޭން މާ ރަނގަޅު ކަންތައް އެބަހުއްޓެވެ. ޗާގޯސް ކަނޑާ ހިފުމަށްވުރެ އުތުރުން ދޫވެފައިވާ މަލިކާއި ލެކެޑިވްސް ކަނޑު ހޯދަން އުޅުނިއްޔާ ދިވެހި މަސްވެރިންނަށް މާ ރަނގަޅުވާނެއެވެ. އެ ހިސާބުގައި މިހާރު ވެސް ދިވެހި މަސްވެރިންނަށް ޖެހޭ ދުއްތުރާ ނުލާހިކު ބޮޑެވެ.

    އިޓްލޮސްގެ ނިންމުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފް ކަމަށް ބުނާ، ގައިރު ގާނޫނީ ބަންޑާރަ ނައިބުގެ ގައިރު ގާނޫނީ ކަން މާބޮޑެވެ. ފުރަތަމަ ހައްލު ކުރަން ޖެހޭ ކަމަކީ ދައުލަތު ގާނޫނީ ވަކީލް (ބަންޑާރަ ނައިބު) ގާނޫނީ އިމުގެ ތެރެއަށް ވެއްދުމެވެ. ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަހުމަދު އުޝާމް ކުރާ އެއްވެސް ކަމަކީ ގާނޫނީ ސައްހަކަން ލިބިގެންވާ ކަންކަމެއް ނޫނެވެ. ބަންޑާރަ ނައިބުކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުދިން މީހަކު މަތި މައްޗަަށް އައްޔަނު ކުރިޔަސް ވާނީ ގައިރު ގާނޫނީ ބަންޑާރަ ނައިބަކަށެވެ. ރައްޔިތުން މަޖިލީހުން ނިންމީ އުޝާމު ބަންޑާރަ ނައިބުކަން ކުރުމަށް ނުރުހޭ ކަމަށެވެ. 

    ]]>
    Tue, 27 Feb 2024 17:35:43 +0500 ނިއުސް ޑެސްކް
    މަޖިލީހުން ގޮނޑިއެއް ސަރުކާރަށް ބޭނުމެއް ނުވާނެ! https://heerasnews.com/2287 https://heerasnews.com/2287 ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުން އެއްބާރެވެ. މަޖިލީހަކީ އަދުލު އިންސާފު ގާއިމުކުރާ ބާރެއް ނޫނެވެ. ދައުލަތް ހިންގުމުގެ ބާރެއްވެސް ނޫނެވެ. އަދުލު އިންސާފު ގާއިމުކުރާ ބެންޗެއްގައި މަޖިލިސް މެންބަރުންނެއް ނުތިބެއެވެ. ދައުލަތް ހިންގާ ވަޒީރުންގެ މަޖިލީހަކުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ނުތިބެއެވެ.

    އަނެއްކޮޅުން އަދުލު އިންސާފު ގާއިމުކުރާ ބާރުގެ މެޖޯރިޓީ އޮތް މަޖިލީހެއް ހޯދާކަށް ޖުޑިޝަރީއަކުން ނޫޅެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރެއް ބާއްވާކަށް މަޖިލީހަކުން ވެސް ނޫޅެއެވެ. އެހެނަސް ސަރުކާރުގެ މަޖިލީހެއް ބާއްވަން ސަރުކާރުން ތެޅެފޮޅެނީ ކީއްވެ ހެއްޔެވެ. ސަރުކާރުގެ ކެންޑިޑޭޓުންނޭ ކިޔައިގެން ބަޔަކު ނިކުމެ މަޖިލީހަށް ވާދަ ކުރަނީ ކީއްވެ ހެއްޔެވެ. ވިސްނާ ފިކުރު ކުރާށެވެ.   

    އާންއެކެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ކިބައިން ބާރުތައް ފެށޭ ތަނެވެ. ބާރުތައް ދެމިއޮންނަ ތަނެވެ. އެއީ ގާނޫނު ހަދާ މަޖިލީހެވެ. ބަޖެޓް ފާސްކުރާ މަޖިލީހެވެ. ސަރުކާރު ޖަވާބު ދާރީ ކުރާ މަޖިލީހެވެ. ފާރަވެރި މުއައްސަސާތައް ކޮންޓްރޯލުކުރާ މަޖިލީހެވެ. ފަނޑިޔާރުން ވަކިކޮށް އިސްކުރާ މަޖިލީހެވެ. ވަޒީރުންނަށް ރުހުންދޭ މަޖިލީހެވެ. ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ މަޖިލީހެވެ. ދައުރު ހަމަވަންދެން މަގާމު ކަށަވަރު މެންބަރުންގެ މަޖިލީހެވެ. 

    ތިންބާރު ކިތަންމެ ބޮޑަށް ވަކިވެފައި އޮތަސް ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ބާރުތަކުގެ ވެރި ބާރެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ބޭނުންވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ ފޮށިތަންމަތި ބަނދެގެން ގެއަށް ކަނޑާލާށެވެ. އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުންނާއި ވަޒީރުންނަށް ވެސް އޮތީ ހަމަ އެގޮތެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވެސް އެހެން ގޮތެއް ނޯވެއެވެ. 

    އެހެން ކަމުން މަޖިލީހުގެ މެޖޯރިޓީ ހޯދޭތޯ ސަރުކާރުންނާއި އިދިކޮޅު ވާދަވެރިން އަބަދުވެސް އުޅެއެވެ. އެބައެއްގެ މީހުން މަޖިލީހަށް ވެއްދޭތޯ ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރެއެވެ. އިދިކޮޅު ވާދަވެރިން މަޖިލީހުގެ މެޖޯރިޓީ ހޯދަނީ ސަރުކާރު ޖަވާބު ދާރީ ކުރުވުމަށެވެ. ވެރިކަމުގެ ނާޖާއިޒު މަންފާ ސަރުކާރުން ނެގިޔަ ނުދިނުމަށެވެ. ރައްޔިތުންގެ ހެވާ ލާބައަށް ސަރުކާރު މިސްރާބު ކުރުވުމަށެވެ.

    މަޖިލީހުގެ ކޮންޓްރޯލް އެއިރަކު އޮންނަ ސަރުކާރަކަށް ހޯދަން، ކޮންމެ ސަރުކާރަކުން ވެސް އުޅެއެވެ. މަޖިލިސް ހޯދުމަށް ކުރެވުނުހާ ކަމެއްވެސް ކުރެއެވެ. ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ދިނުމާ ނުދިނުމަކީ ވޯޓްދޭ ރައްޔިތުންގެ ކަމެކެވެ. އެގޮތުން މަޖިލީހުގެ އަގުލަބިއްޔަތު ދޭންވާނީ ދޭވަރުގެ ސަރުކާރަކަށެވެ. ވަކިކުރެވިފައިވާ ތިންބާރު މަސްހުނިކޮށް ހުދުމުހުތާރު ވެރިކަމެއް ކުރަންއުޅޭ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުން ހެޔޮނުވާނެއެވެ.

    ހޭބޯ ނާރާ ސަރުކާރަށް ތާއީދު އޮންނަ މަޖިލީހެއް ހޯދަން ސަރުކާރަކުން އުޅެގެންފިނަމަ އެ ސަރުކާރަކަށް މެޖޯރިޓީ ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯހެވެ. އަމްދުން ތަރުތީބު ވެފައިވާ ގާނޫނީ ހަމަތައް މުގުރާލަން އުޅޭ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ދޭކަށް ނުވާނެއެވެ. އެކަހަލަ ސަރުކާރުތަކުން މަޖިލީސް ހޯދަން ގަދަފައި ވިއްދަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމުގެ ބޭނުމަކު ނޫނެވެ.

    މަޖިލިސް ކޮންޓްރޯލު ސަރުކާރަށް އޮތަސް ނެތަސް ގާނޫނު ތަކާއި އެއްގޮތަށް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ސަރުކާރަށް ދެވޭނެއެވެ. މަޖީލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ދައުލަތުގެ ހަރަދު ބަރަދު ހަމަޖައްސައިގެން ދައުލަތް ހިންގޭނެއެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ހަގީގަތުގައި ބޭނުމެއް ނުވާނެއެވެ.

    މަޖިލީހުގެ އަގުލަބިއްޔަތުގެ ތާއީދު ސަރުކާރަށް އޮތް މަޖިލީހެއް ބާއްވަން އެހާވަރުން ބަޔަކު އުޅޭ ބޭނުމަކީ ކުރާނެ ގޮތަކަށް ކަންކުރިޔަސް ރައީސުލްޖުމްހޫރިއްޔާ މަގާމުގައި ދެމިހުރުމުގެ ޔަގީންކަން ހޯދުމެވެ. ބޭނުންހާ ބަޔަކު ވަޒީރުންނަށް ލައިގެން ދައުލަތުގެ ނަމުގައި ބޭނުންވާހާ ކަމެއް ބޭނުން ގޮތަކަށް ކުރުމުގެ ފުރުސަތު ހޯދުމެވެ. ރައްޔިތުންގެ ހެވާ ލާބައަށް ކަމެއް ކުރުމަށް ސަރުކާރަށް ތާއީދުކުރާ މެޖޯރިޓީއެއް މަޖިލީހުގައި އޮންނާކަށް ކޮންމެހެން ނުޖެހެއެވެ. 

    ކޮންމެ ބަޔަކު މަޖިލީހުގައި ތިއްބަސް ހީލަތެއް އޮޅުވާލުމެއް ނާޖާއިޒު ކަމެއް ނެތި ރައްޔިތުންގެ ހެވާ ލާބަޔަށް ކުރާ ކޮންމެ ކަމަކަށް މަޖިލީހުގެ ރުހުން ސަރުކާރަށް ހޯދޭނެއެވެ. ސަރުކާުން ބޭނުންވެގެން ގާނޫނުނެއް ހަދަން ވިޔަސް ގާނޫނެއް އިސްލާހު ކުރަން ކަމަށް ވިޔަސް ރުހުމެއް ހޯދުން ކަމަށް ވިޔަސް އެކަން އޮންނާނީ އެހެނެވެ. 

    ]]>
    Mon, 26 Feb 2024 16:32:06 +0500 ނިއުސް ޑެސްކް
    ސަރުކާރަށް މަޖިލިސް ދިނުމުން ރައްޔިތުން މަތިން ހަނދާންނެތޭ! https://heerasnews.com/2286 https://heerasnews.com/2286 އިހުލާސްތެރިކަމެއް ނެތްނަމަ މަޖިލީހުގެ މެޖޯރިޓީ ކޮންމެ ބައެއްގެ އަތުގައި އޮތަސް ހަދާނީ ހަދާނެ އެއްޗެކެވެ. އައު ގާނޫނު އަސާސީގެ ފަހުން ރާއްޖޭގައި މަޖިލީހުގެ މެޖޯރިޓީ އޮވެގެން ކަންކަން ވީގޮތް ވަނީ ތަޖުރިބާ ކޮށްފައެވެ. ކިތަންމެ ހިއްޗަސް ހަގީގަތަކީ ހަގީގަތެވެ.

    އިދިކޮޅަށް މެޖޯރިޓީއޮވެ ރައީސް ނަޝީދު ރާއްޖޭގައި ވެރިކަން ކުރިގޮތާއި ވީގޮތް ވަނީ ތަޖުރިބާ ކުރެވިފައެވެ. ޑީއާރުޕީގެ ސާފު މެޖޯރިޓީ އޮވެ ރައީސުލްޖުމްހޫރިއްޔާގެ އަތް ބަނދެލިއެވެ. އައު ގާނޫނު އަސާސީއާއި އެކު އައި މަލްޓިޕާޓީ ޑިމޮކްރަސީގައި ސަރުކާރުން އަލަށް ތައާރަފް ކުރަން އުޅުނު ކަންކަމާއި ގައުމަށް ގެންނަން ބޭނުންވި އިންގިލާބީ ބަދަލު މަޖިލީހުން ހުއްޓުވިއެވެ. އެންމެ ފަހުން ވެރިކަމުގެ ދައުރު ފުރިހަމަނުކޮށް ނަޝީދަށް މަޖުބޫރުވީ އިސްތިއުފާ ދޭށެވެ. 

    މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް ކުރެވޭ އެންމެ މެންބަރަކު ނެތި ރައީސަކު ވެރިކަން ކުރިއެވެ. ލިބުނުގޮތަކަށް ލިބިގެން ޑރ. ވަހީދު ކުރި ކުރު ވެރިކަމުގައި މަޖިލީހަކާ ރައީސަކާ ބެހޭކަމެއް ނޫން ކަހަލައެވެ. އެކަމަކު ކުރަން ބޭނުން ހުރިހާ ކަމެއް ޑރ. ވަހީދު ވެސް ރައިސް ކަމުގައި ހުރެ ކުރިއެވެ.

    މަޖިލީހުގެ މެޖޯރިޓީއާއި އެކު ރައީސް ޔާމީނު ފެށި ވެރިކަމުގެ ފަސް އަހަރު ތެރޭގައި ކުރި ތަޖުރިބާ ތަފާތެވެ. މެޖޯރިޓީ އޮތީ ސަރުކާރަށެވެ. އެކަމަކު ގާނޫނު އަސާސީއަށް ބަދަލު ގެނައުން ކަހަލަ، ކުރަން ޖެހުނު ބޮޑެތި ކަންކަން ކޮއްލެވޭ ވަރުގެ ސްޕަރ މެޖޯރިޓީއެއް ނެތެވެ. އިދިކޮޅު މެންބަރުންގެ ތާއީދު ހޯދި ގޮތަކަށް ހޯދައިގެން ގާނޫނު އަސާސީއަށް ގެންނަން ބޭނުންވި ބަދަލުތައް ސްޕަރ މެޖޯރިޓީ ނެތަސް ޔާމީނު ގެނައެވެ. އެސްއީއީޒެޑް ގާނޫނު ފާސްކުރުމާއި ސްޕްރީމް ކޯޓް ބެންޗް ކުޑަ ކޮށްލުން ފަދަ ބޮޑެތި ކަންކަން ފަސޭހަ ކަމާއެކު ކޮށްލިއެވެ. ނާކާމިޔާބު އެންދެރި އިންގިލާބު ފެށި މަޖިލީހުގައި އޮތް ތާއީދު ނުފުށަށް ޖެހި އިންގިލާބީ ރޫހު ފެށުމުން މަޖިލީހަށް ސިފައިން ވައްދާ މެންބަރުން ފާރުމަތިން އުކާލާ މަޖިލީހުގެ ރިޔާސަތުގައި ފާރެއްލާ، 12 މެންބަރުންގެ ގޮނޑިތަކެއް ގެއްލުވާލައިގެން ހާލަތުއްޒަރޫރާ ދަށުން ދައުރު ނިމެންދެން ޔާމީނު މަޖިލީހާއި ވެރިކަން ހިންގިއެވެ. 

    އެމްޑީޕީގެ ޓިކެޓްގައި ވެރިކަމަށް އައި ރައީސް ސޯލިހު ވެރިކަމުގެ ބޮޑު ބައެއްގައި މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީއަށް އޮތެވެ. އެމްޑީޕީއަށް އޮތް ސްޕަރ މެޖޯރިޓީ ވެގެން ދިޔައި ރައީސް ސޯލިހުގެ ވެރިކަމުގެ ކަތުރު ފަންޏަށެވެ. އެމްޑީޕީގައި އޮތް ސްޕަރ މެޖޯރިޓީގެ އެތައް މެންބަރުންނާއި ރިޔާސަތު އިދިކޮޅަށް ވުރެ އިދިކޮޅެވެ. މަޖިލީސް މެދުވެރިކޮށް ސަރުކާރުން ކުރަން ބޭނުންވި އެއްވެސް ކަމެއް ދިޔައީ ނުކުރެވިއެވެ. އެމްޑީޕީއަށް ސްޕަރ މެޖޯރިޓީ ގެއްލި މެޖޯރިޓީ ކޮންޓްރޯލު ސަރުކާރަށް އޮތަސް ރައީސް ސޯލިހާ ދެކޮޅަށް އެންމެ ގިނަ ޗަރުކޭސް ކުޅުނީ މެޖޯރިޓީ އޮތް މަޖިލީހުގެ ތަޅުމުގައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުމުގެ ސަބަބަކަށްވީ އޭރު ލިބުނު ސްޕަރ މެޖޯރިޓީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

    މަޖިލީހުގެ މެޖޯރިޓީ ހޯދަން ރައީސް މުއިއްޒު ވެސް މިހާރު އެޖަހަނީ މަރުފައްޔެވެ. ހޯދާ މެޖޯރިޓީއެއްގެ މާނައެއް ނެތްކަން 13 މެންބަރުން ގަނެލެވުމުންވެސް މުއިއްޒަށް ނުވިސްނެނީ ތާއެވެ. އަޒުލު ކޮށްފާނެތީ ގަންނަ ބިރަކުން މެޖޯރިޓީ ލިބޭތޯ މުއިއްޒު އެހެން އުޅެނީތާއެވެ. އެއިއްޔަކީ ރައްޔިތުންނަށް ހެވެއް އެދިގެން ދާއިރާތަކުގެ ލާބައަށްޓަކާ އުޅޭ ގޮތެއް ނޫނެވެ. 

    މަޖިލިހުގެ މެޖޯރިޓީ ހޯދަން ހޭވައްޓާނުލާ މުއިއްޒު އުޅޭއިރު ޕީއެން ސީޓިކެޓް ލިބުނު ގިނަ މީހުންނަކީ މުއިއްޒު ނޫން ގޮތެއްގައި ތިބި ބައެއް ކަމަށް ވެއެވެ. ގިނަ ދާއިރާތަކުގައި ސަރުކާރު ކެންޑިޑޭޓަކީ ކާކުކަން ނޭނގި ސަޕޯޓަރުން ތިބީ ވަނުވާގައެވެ. ބައެއް ދާއިރާތަކުގައި ފާޅުކަން ބޮޑުކޮށް ސަރުކާރުގެ ދެތިން ކެންޑިޑޭޓުން އެބަ އުޅެއެވެ. މުއިއްޒު ކެންޑިޑޭޓައި ސާޖިދާ ކެންޑިޑޭޓާއި އަދުރޭ ކެންޑިޑޭޓެވެ. ޕީއެންސީ ޓިކެޓް ގިނައިން ލިބުނީ ޔާމީނު ކެންޑިޑޭޓުންނަށް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެހެން ކަމަށް ވާނަމަ މުއިއްޒަށް އެފުރެނީ ފޫނެއް ފަޔަށް ފެނެވެ. 

    ބުނެވި ދިޔަ ކަންކަމުން އެނގެނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯދުމަށް މަޖިލީހުގެ މެޖޯރިޓީއަކީ މުހިންމު އެއްޗެއް ނޫންކަމެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ސަރުކާރަށް ރައްޔިތުން މަތިން ހަނދާން ނެތޭ ކަމެއް ކަމެވެ. ވާދަވެރިންގެ އަތުގައި މެޖޯރިޓީ އޮތުމުން އަޒުލުގެ ބިރައްޓަކާވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ސަރުކާރަށް މަޖުބޫރު ވާނެކަމެވެ. ތަޖުރިބާއިން ދައްކަނީ މިހަގީގަތެވެ.

    ]]>
    Mon, 26 Feb 2024 14:58:06 +0500 ނިއުސް ޑެސްކް
    މުއިއްޒު ސްޕީޑްގައި ކުރިކަމެއް ޝިޔާމަށް ބުނެއެއް ނުދެވުނު! https://heerasnews.com/2285 https://heerasnews.com/2285 ރާއްޖޭގައި މީގެކުރިން އެހެން ވެރިޔަކު ނުގެންގުޅުއްވާ ވަރުގެ މާބާރު ސްޕީޑެއް ރައީސް މުއިއްޒު ގެންގުޅުއްވާ ވާހަކައެއް މިހާރަކަށް އައިސް އެބަ ދައްކައެވެ. މުއިއްޒު ސްޕީޑްގައި މާގިނަ ކަންތައްތަކެއް މުއިއްޒު ސަރުކާރުން ކުރެވޭތީ އެބަ އުޅެއެވެ. މުއިއްޒު ސްޕީޑްގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ރައީސް އޮފީހުގެ މިނިސްޓަރ ހޯރަފުށީ ހަލީލްއެވެ. މުއިއްޒު ވެރިކަމުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. އޭރުއްސުރެ އެބުނާ މުއިއްޒު ސްޕީޑްގައި ހިނގަނީ ކޮންކަމެއްތޯ ބެލުމުގެ ޝައުގު ވަރަށް ބޮޑުވުއެވެ. 

    ފަހަކަށް އައިސް ސޯސަލް  މީޑިއާގައި މާގިނައެއްކޮށް މައިއްޒު ސްޕީޑްގައި ކަންތައް ތަކެއް ކުރާ ވާހަކަ ދައްކާފައި އޮންނަ ތަން ފެނެއެވެ. ސޯސަލް މީޑިއާގައި މި ވާހަކައެއް ދައްކަނީ މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމުތައް ދީފައި ތިބޭ މީހުންކަން ފާހަގަ ކުރެވެއެވެ. ވެރިމީހާއަށް ހުޝާމަދުނުކޮށް މަގާމުގަ ދެމިނުތިބެވޭނެތީ ކޮންމެހެން ބަޔަކަށް ދައްކަން ޖެހިގެން އެވެރިން ދައްކާ ވާހަކައެއް ކަމަށް ބަލައިގެން އެކަމަކާ ނުވަމެވެ. އެކަން ކޮށްގެންވެސް ބަޔަކަށް މުސާރައެއް ލިބެންޏާ ރަނގަޅުތާއެވެ.

    ދައުލަތުގެ ހަރަދުގައި މިހާރު މުއިއްޒު މިހާރު ކުރަމުންދާ ޕީއެންސީ ކެންޕޭނު ދަތުރާއެކު މުއިއްޒު ސްޕީޑްގެ އަޑު އަނެއްކާވެސް ގަދަވެއްޖެއެވެ. މިވަނީ ކިހިނެތްތޯ ބަލައިލަން  ހދ. ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލު ކުރުމަށް ރައީސް ބޭއްވި ޖަލްސާގައި މަޑުކޮށްލީމެވެ. އަހާނ ސަހަރޯއެވެ. 

    މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެއްކަލަ މުއިއްޒު ސްޕީޑްގެ ވާހަކަ ދައްކަން ފަށައިފިއެވެ. ރާއްޖޭގައި މީގެ ކުރިން އެހެން އެއްވެސް ވެރިޔަކު ނުގެންގުޅުއްވާ މާބާރު ސްޕީޑެއް ރައީސް މުއިއްޒު ގެންގުޅުއްވާ ކަމަށް ބުނެ ނޮޅިވަރަންފަރު ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން އުޅެނީ ރައްޔިތުންގެ މަޖިލީހަށް މުއިއްޒުގެ އައުވާނުން ހޮވުމަށެވެ. 

    ޝިޔާމް ދޮޅިކެނޑެންދެން ހުއްޓާނުލާ ކޯތެޅުވި އިރުވެސް މުއިއްޒު ސްޕީޑްގައި ކުރެވުނު ކަމެއް ޝިޔާމަކަށް ބުނެއެއް ނުދެވުނެވެ. ހައްތަހާވެސް ބުނެވެނީ ރައްޔިތުންގެ ކަންކަމުގެ އިތުރުން ދާއިރާތަކަށް ތަރައްގީ ގެނައުމަށް މުއިއްޒު ސްޕީޑްގައި މަސައްކަތް ކުރާ ވާހަކައެވެ. ކުރެވުނު ކަމެއް ކުރާކަމެއްގެ ވާހަކަ ނުދައްކާ ދެއްކީ ކުރީ ސަރުކާރުގެ ވާހަކައެވެ. 

    ކުޑަ ރަށެއް ބޮޑު ރަށެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށް ބުނަމުން ނޮޅިވަރަމާ މެދު އަޅާނުލާ އޮތްކަމަށް ބުނީމާ އެރަށު މީހުން ޝިޔާމަށް ކުރީ މަލާމާތެވެ. އެ ރަށު ރައްޔިތުންގެ ކުރިމަތީގައި ހާމަވެގެން ދިޔައީ ޝީޔާމްމެންގެ ދޮގުވެރިކަމެވެ. ކުރީ ސަރުކާރުން އެރަށުގައި ކުރީ ކީއްކަން އެންމެ ރަނގަޅަށް އެނގޭނީ އެރަށު ރައްޔިތުންނަށެވެ. މައްސަލައެއް ނެތެވެ. ކުރީ ސަރުކާރުން އެއްވެސް ކަމެއް ކޮށެއް ނުދެއެވެ. އެކަމަކު އެބުނާ މުއިއްޒު ސްޕީޑްގައި މި ސަރުކާރުން ކުރި ކަމެއް އޮންނަން ވާނެތާއެވެ. 

    ޝިޔާމްމެން އެކިޔާ މުއިއްޒު ސްޕީޑަކީ ކުރާނަން އަޅާނަން ދޭނަމެވެ. ކުރި ކަމެއް އެޅިތަނެއް ދިން އެއްޗެއް އަދި ނެތެވެ. ޝިޔާމް ވާހަކަ ދައްކާ ދައްކާ ކަރުން ލޭ ލީއިރުވެސް މުއިއްޒު ސްޕީޑްގައި ކުރެވުނު އެއްކަމެއް ވެސް ބުނެއެއް ނުދެވުނެވެ. މާމޮޅު ވާހަކައަކަށް ވެގެން ދެއްކީ ބާލަން އުޅޭ ސިފައިންގެ ޔުނީފޯމް ވާހަކައެވެ. ގެއްލިގެން އުޅޭ ކަނޑެއް ހޯދާ ވާހަކައެވެ. އަނގަފުރާ މީހުންގެ ތެރޭގައި ޝިޔާމު އެ ވާހަކަ ދެއްކި އިރު އެއްޔަކީވެސް އެ ބުނާހެން ވާކަށް އޮތް ކަންކަމެއް ނޫންކަން އާޖުފާޖު އެނގޭ އެންމެނަށްވެސް އެނގެއެވެ.

    ]]>
    Mon, 26 Feb 2024 11:40:23 +0500 ނިއުސް ޑެސްކް
    ވައުދެކޭ ވައުދޭ ބުނެލާއިރު އިތުރަށްއެވީ ބޭޒާރު ކޮބާހޭ! https://heerasnews.com/2284 https://heerasnews.com/2284 ފުދޭނެއެއް ނުފުދޭނެއެއް ބެލުމެއް ނެތެވެ. ވައުދު ވަނީ ފަތުއަޑު ކިޔާފައެވެ. ކަމެއްގެ ވާހަކަ އޮންނަނީ މީހަކު ބުނަންވާ ލަހެކެވެ. ކޮށްދޭން ވައުދުވެއެވެ. މީހުން ގުނބޯ ހެދޭ ވާހަކަ އަޑުއަހަމެވެ. މިވަރުކަމެއް އެކަމަކު ނުދެކެވެ. 

    މުއިއްޒު ވެރިކަމަށް އަންނަން ވައުދުވީ ނިކަން ރަނގަޅަށް ހިސާބު ޖަހާފައި ކަމަށް ބުނެއެވެ. ޖެހި ހިސާބު އޮތީ އޮތް ތާކުއެވެ. ރިޔާސީ ކެންޕޭނުގައި އެރިހާ ރަށަކަށް އަރާ ވައުދުވީ އެމްޑީޕީން ވީ ވައުދަކަށް ވައުދެކެވެ. އެމްޑީޕީން ގޯތިދޭން ވައުދުވިއްޔާ ގެއަޅަން ފައިސާ ދޭން ވައުދު ވެއެވެ. އެމްޑީޕީން ފްލެޓްގެ ކުލިކުޑަކުރަން ބުނިއްޔާ ކުލި ކަނޑާލަން ވައުދުވެއެވެ. މުސާރަ ބޮޑުކުރަން އެމްޑީޕީން ބުނިއްޔާ މުސާރަތައް ދެގުނަ ތިންގުނައަށް ބޮޑުކުރަން ވައުދުވިއެވެ. އެމްޑީޕީގެ ރިޔާސީ ވައުދުތައް ކޮޕީކޮށްގެން ވައުދަކަށް ވައުދެއްވަމުން ގޮސް ވެރިކަން ހޯދީ ދޮގު ވިއްކައިގެނެވެ.

    އެވަރަކުން ނުނިމެއެވެ. ވެރިކަން ލިބުމުންވެސް ވީވައުދު ފުއްދުމަށްވުރެ މުއިއްޒު އިސްކަން ދިނީ އައު ވައުދު ވުމަށެވެ. މުއިއްޒުގެ ކަމަކީ ވައުދު ފުއްދުމެއް ނޫނެވެ. މަތި މައްޗަށް ވައުދު ވުމެވެ. ތިންމަސްވެ ހަތަރު މަހަށް އެޅިއިރުވެސް ވައުދު ވުމަކަށް ހުއްޓުމެއް ނާދެއެވެ. 

    ހަފްތާ 14 ވައުދު ފަތީގައި ހުރީ ވައުދަށްވުރެ ކުޅޭކުޅޭ ހޮޅިކަންކަމެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުމަށް ވުޒާރާއެއް ހެދުންވެސް އެއީވައުދެކެވެ. އަޖައިބެއް ނުވާނެހެއްޔެވެ. ރައީސް މައުމޫނު އިރުއްސުރެ އެ މޭންޑެޓްތަކުގައި މިނިސްޓްރީއެއް ނެތް ސަރުކާރެއް ރާއްޖެއަކަށް ނާދެއެވެ. ސަރުކާރުގެ އޮނިގަނޑަށް ގެނެވޭ ބަދަލަކީ ވައުދުކަމަށް ވަންޏާ އަންނަފޮށާ ބަދަލުކުރުންވެސް ވާނީ ރިޔާސީ ވައުދަކަށެވެ. 

    އެއްސަރުކާރުން އަނެއް ސަރުކާރަށް ދައުލަތް ހިންގުން ބަދަލު ވެގެންދާއިރު ހިނގަ ހިނގާ ހުންނަ ކަންކަން އިންތިޒާމު ކޮށްގެން ކުރުމަކީ ވައުދު ފުއްދުމެއް ނޫނެވެ. ރަނގަޅު ހެޔޮ ވައުދަކީ ހިންގުމަށް ގެނެވޭ ތަފާތު ހެޔޮ ބަދަލެވެ. ކުރިއަށްވުރެ މަންފާހުރި ހަރަދު ކުޑަ ހިދުމަތް އަވަސް އަވަހަށް ނަތީޖާ ހާސިލްވާ ހެޔޮބަދަލެވެ. 

    ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ހަފްތާ ސާދަ ނިމުނު އިރަކު ނުފުދެއެވެ. ރައީސް ޔާމީނު މިނިވަނެއް ނުކުރެވެއެވެ. ބޫޓް ޖޯޑެއްވެސް ނުބަހައްޓާ ބާލާނެކަމަށް ވައުދުވި އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ގެއްލިގެން ހޯދަން އުޅުނު ކަނޑާއި ޗާގޯސް ހޯދަން މައްސަލަ އިސްތިއުނާފެއް ނުކުރެވުނެވެ. ބޮޑުކުރަން ބުނި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑެއް ނުކުރެވުނެވެ. ވަކިނުކުރާން ބުނި ރަށްރަށުގެ ނިކަމެތި ރައްޔިތުން ވަޒީފާތަކުން ނުކަނޑައެއް ނުވިއެވެ. ގެޒެޓް ކޮށް ދޭން ކަނޑައަޅަފައިވާ ގޯތިތަކާ ފްލެޓްތައް ނުދެވުނެވެ. ރަށްރަށުގައި ކޮށްދޭން ވައުދުވީ އެއްކަމެއް ނުކުރެވޭތާ ކުރެވޭތޯ ނުވެސް އުޅެއެވެ. ކުރާން ވީ ވައުދުތައް ހޮޅިއަށްވެ ނިމުނީއެވެ.

    ފައިސާ ހޭދަނުކޮށްވެސް ފުއްދެން އޮތް ވައުދުތައް ވެސް އޮތީ ނުފުއްދައެވެ. އިންޑިއާ އާއިއެކު ކުރީގެ ސަރުކާރުން ވެފައި އޮތްކަމަށް ބުނި 100 އެއްބަސްވުން ހުދުކާފޫރަށް ވީއެވެ. އެއްވެސް ކަމެއް ސިއްރު ނުކުރަން ވީ ވައުދުގެ ދަށުން ޗައިނާ އާއިއެކު ސޮއިކުރި އެއްބަސްވުންތަކު ހިޔަނިވެސް ނުވެއެވެ. ރަސްމާލެ އެއްބަސްވުމުގެ ކުލަ ފާޅެއް ނުވެއެވެ.   

    ވީވައުދުތައް ހުރި ގޮތަށް ހުއްޓާ އަނެއްކާވެސް ވައުދުގެ ސިލްސާ ފެށުނީއެވެ. ސަރަހައްދު ބަލަހައްޓަން ޑްރޯނެވެ. ކޮންމެ ރަށަކަށް ހޮސްޕިޓަލެކެވެ. ކޮންމެ ދެރަށެއް ދޭތެރޭގައި ބުރިޖެވެ. ފުށިދިއްގަރުފަޅުން މާލެއަށް އަންޑަރ ވޯޓާރ ޓަނަލެވެ. ކޮންމެ ރަށަކަށް އެއަރ ޕޯޓެކެވެ. ރޮކެޓް ޖައްވަށް ފޮނުވާ ވާހަކައާއި ނިއުކްލިއަރ ހަތިޔާރު އުފައްދާ ވާހަކަ ނުދައްކާނެ ކަމެއްވެސް ނޭނގެއެވެ.

    އެކަމަކު ގައުމު އޮތީ ދަރާ ވިކިފައެވެ. ކިރިމަހަށް މަސްވެރިންނަށް ފައިސާ ދެވޭން އޮތް ކަމަކަށް ނުވެއެވެ. ރަށްރަށުގައި ފަށަފައިވާ މަސައްކަތް ކުރިއަށް ގެންދެވޭހާ ފައިސާ ހުރިކަމަކަށް ނުވެއެވެ. ލޮނުމަދުކޭ ގިތެލެއްހެން ބާރުބާރަށް މުއިއްޒު ކުރުކާލި ކެނޑީމާ އެންމެންވީ ގުނބޯ ހެދިގެން ބާރަށް އަތްޖަހާށެވެ. މަޖިލިސް މުއިއްޒަށް ދީގެން ރައްޔިތުންވީ ނަގޫފިތގެން ނުފޭބި ސައްކެޔޮގަހު އިން މަކުނަށް ވާށެވެ.       

    ]]>
    Sun, 25 Feb 2024 20:06:42 +0500 ނިއުސް ޑެސްކް
    އިބޫ ނޫން ގޮތެއް ނެތް! https://heerasnews.com/2283 https://heerasnews.com/2283 ޔާމީނު ދައުލަތް ދަވާލާ ދަރަނީގެ ދަންތުރައަށް މަހާލާފައި އޮއްވާ އިބޫ ހަވާލުވެ ދައުލަތް ހިންގީ އޭރު އެއޮތް ހާލަތަކީ އޮތް ހާލަތެއްކަން އެނގި ހުރެއެވެ. ޔާމީނު ނޫން އެހެން ސިޔާސީ އެންމެން ގޮވައިގެން ވެރިކަން ކޮށްދޭން ރައްޔިތުން ރުހުނީ އިބޫފައިސަލްއެވެ. ވެރިކަމަށް ފެން ބޮވާފައި ތިބި އެތައް ބަޔަކު ހިމެނޭ ބޮޑު ކޯލިޝަންނެއް އިބޫ އާއި ހަވާލުކުރީ ދިވެހި ރައްޔިތުންނެވެ. އެއްބުރުން ސާފު އަގުލަބިއްޔަތުންނެވެ. ގާސިމާއި މައުމޫނާއި އަދާލަތާއި އެމްޑީޕީއަށް ވެރިކަން ބަހާލުން ޝަރުތުކޮށްފައެވެ. 

    އެންމެ އިސް މަގާމުތަކުން ފެށިގެން ސިޔާސީ އާދައިގެ މަގާމުތަކަށް މީހުން އިސްކުރީ ހަތަރު ޕާޓީންނެވެ. ހަނގުރާމައިގެ ގަނީމާ މުދާ ބަހާ އުސޫލުން ޖެހުނީ ސަރުކާރުވެސް ހަތަރު ޕާޓީއަށް ބަހާލާށެވެ. އެ ޕާޓީތައް ހިމެނައިގެން އިބޫގެ ކޯލިޝަން ސަރުކާރު ފަށައިގަތީ ޔަގީންކަމާއި އިތުބާރާ އެކުގައެވެ. 

    އެހެނަސް ކަންދިމާކުރި ގޮތުން ވެރިކަމަށް އަހަރު ނުވަނީސް ކޮވިޑް19ގެ އާލަމީ ވަބާ ކުރިމަތިވެ ދުނިޔެ ހުއްޓުނެވެ. ފަތުރުވެރިން އައުން ހުއްޓި މަސް ބޭރު ނުކުރެވި އެކީ އެކައްޗަކަށް ދައުލަތުގެ އާމްދަނީ ހުއްޓި ދެއަހަރު ދުވަސް ވޭތުވިއެވެ. އެހެނަސް ކެތްތެރިކަމާއެކު ނުލިބޭ އާމްދަނީގައި އިބޫ ދައުލަތް ހިންގަމުން ދިޔައީ ރައްޔިތުންނަށް އެއްވެސް ބުރައެއް އިހުސާސް ވިޔަނުދީ ރޭވުން ތެރިކަމާއެކުގައެވެ. ސަރުކާރުގެ އެތެރޭގައި ތިބި ވާދަވެރިންގެ ހީލަތްތެރި ރޭވުންތަކުގެ ލޮޅުންތަކާ ވެސް އެކުގައެވެ.

    ކޮވިޑްގައި ގިނަ ބަޔެއްގެ ފުރާނަ ދިޔަނުދީ ސަލާމަތް ކުރުމަށް ދައުލަތުގެ ހުރިހާ ހަކަތައެއް ހުސްކޮށްލަން މަޖުބޫރުވިއެވެ. ސިއްހީ ހިދުމަތުގައި އުޅުނުހާ މީހުން ރައްކާތެރި ކަމުގެ ގޮތުން އެކަހެރި ކޮށްގެން އެމީހުނަށް ކެއުމާއި ބުއިމާއި ނިދުން ހަމަޖައްސާ ދިނެވެ. ކޮވިޑް ފެސިލިޓީތައްކާއި އައިސޮލޭޝަން ފެސިލިޓީތައް މުޅި ރާއްޖޭގައި ހިންގިއެވެ. ދައުލަތުން ބޮޑު ހޭދަކޮށްގެންނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްހެން އޮތީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރި ނުވޭވަރަށް ހާލަތު ދަށްވެފައެވެ.    

    އާމްދަނީ ލިބޭނެ ގޮތް ނެތަސް ސަރުކާރުގެ މުއައްޒަފުން ގޭގައި ބައިތިއްބައިގެން ކޮވިޑް ތެރޭގައިވެސް ހަމަ މުސާރަ ދިނެވެ. ކާބޯ ތަކެއްޗަށް ޖެހުނަނުދީ ބާޒާރު މެނޭޖްކުރިއެވެ. ކަރަންޓް ނުކަނޑާ ރައްޔިތުންނަށް ކަރަންޓް ދިނެވެ. މާލެއާއި ފެނުގެ ހިދުމަތް ދޭ ރަށްރަށުން ފެނެއް ނުކަނޑައެވެ. ތެލަކަށް ކާޑަކަށް ޖެހުނަކަ ނުދެއެވެ. ނުވިތާކަށް ފަށައިގެން ކުރިއަށްދާ ތަރއްގީގެ އެއްވެސް މަސައްކަތެއް ނުހުއްޓެއެވެ. އާލަމީ ވަބާއެއްގެ އިހުސާސް ދިވެހިންނަކަށް ކުޑަކޮށްވެސް ނުކުރެއެވެ.

    ކޮވިޑް ކިތަންމެ ރަނގަޅަށް މެނޭޖު ކުރެވުނު ނަމަވެސް އިގްތިސޯދީ ލޮޅުން ކުޑައެއް ނުވެއެވެ. ޔުކްރެއިން ހަނގުރާމައިގައި ދުނިޔެ ތަހައްމަލުކުރާ ހުރިހާ ވޭނެއް ރާއްޖޭން ތަހައްމަލު ކުރަން ޖެހެއެވެ. މުޅި ދައުރު ނިމިދިޔައީ ވެސް ޔޫކްރެއިން ހަނގުރާމައިގެ ހިތިކަން ލިބެމުންނެވެ.  

    ކިތަންމެ އުދަނގުލަސް ނުލިބޭ ލާރީގައި ރައްޔިތުންގެ ޑިމާންޑްތައް ހައްލުކޮށްދޭން އިބޫ ސަރުކާރަށް މަޖުބޫރެވެ. ކޮވިޑުން އަރައިގަނެ ކަންކަން ކުރަން އިބޫއަށް ފުރުސަތު ލިބުނީ ދައުރުގެ ފަހުކޮޅުގައެވެ. ޔާމީނު ވެރިކަމުގައި ހިންގި ޖަރީމާތަކާހުރެ އެކިއެކި ފަރާތްތަކަށް އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުން ލިބި ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވަތައް އުފުލުނެވެ. ގެއްލުމުގެ ބަދަލު ދޭން ދައުލަތަށް މަޖުބޫރު ކުރުވިއެވެ.

    ގިނަރަށް ރަށަށް އަރާފޭބޭނެ ގޮތެއް ނެތެވެ. ރަށްރަށުން ކަރަންޓް ކެނޑެނީ ބޮޑުގެރި ބޭރަށް ހިންގާހެނެވެ. ފެނާއި ނަރުދަމާގެ ހާލަތުވަކީން ގޯހެވެ. ދަތުރުފަތުރުގެ ދަތިކަން އިންތިހާއެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކުރު މުއްދަތެއްގެ ތެރޭގައި އެތައް ސަތޭކަ ޕްރޮޖެކްޓެއް ހިންގިއެވެ. ގިނަކަންކަން ދައުރުގެ ތެރޭގައި ނިންމުނެވެ. ނިމުމާ ގާތުގައި ހުރި އެތައް ކަމަކާއި އަލަށް ފަށައިގެން އެތައް ކަމެއް އިބޫގެ ދައުރު ނިމުނު އިރު އޮތެވެ. އައުސަރުކާރުން ރިބަން ކަނޑަން އެތައް ކަމެއް ހުއްޓެވެ. ދަރަނިވެރިގެން ގޮތް ހުސްވެގެން ހަދާނެ ގޮތެއް ނޭނގިގެން އިބޫ ނޫޅެއެވެ. ރައްޔިތުންނަށް ތަކުލީފަކަށް ސަރުކާރު ނުހަދައެވެ.

    ހަގީގަތަކީ ސަރުކާރު ތެރޭގައި ތިބި ވާދަވެރިންގެ ވާދަވެރިކަން ބޮޑުވެ އިދިކޮޅަށްވުރެ އިދިކޮޅުވުމެވެ. އިބޫ ނޫންގޮތެއް ހޯދަން ތެޅެފޮޅެން ފެށުމެވެ. ކަމުގައި އިސްވެ ތިބީ އެމްޑީޕީގެ ރައީސް ނަޝީދާއި ގާސިމް އިބުރާހީމެވެ. އިބޫގެ ވެރިކަން ހަރާބު ކުރުމަށް ކުރިކަމެއް ކުރީ ނަޝީދާއި ގާސިމެވެ. ބޭނުންވީ އިބޫ ނޫން ގޮތެކެވެ.

    އިބޫ ނޫން ގޮތަކީ ކޮންމެ ގޮތެއް ކަމަށް ވިޔަސް ވަރިހަމަތާއެވެ. އިބޫ ނޫން ގޮތެއް ހޯއްދިއްޖެއެވެ. ހޯދި އިބޫ ނޫން ގޮތުން ދިވެހިންނަށް ވީމޮޅެއް އެބަ އޮތް ހެއްޔެވެ. ކަންކަން ބޮއްސުންލުމާއި ތެޔޮގުޅާ ސާދާ ކުރުން ނޫން ކަމެއް ނުވެއެވެ.

    ]]>
    Sun, 25 Feb 2024 15:45:52 +0500 ނިއުސް ޑެސްކް
    ނާކާމިޔާބު ހިމޭން އެންދެރި އިންގިލާބު! https://heerasnews.com/2282 https://heerasnews.com/2282 ޔާމީނު ވެރިކަމުގައި ތަނެއް ދޮރެއް ނުބަލާ މުޅި ދައުލަތް ވިދާ އިރާ ކައިހުސްކުރީ ރޯމާ ދުވާލެވެ. އޮތިއްޔާ އޮތް ރަށަކާއި ފިނޮޅަކާއި ފަޅަކާއި ވިލަކާއި ހަލަކަށް ދަންދެން ވިއްކާ ދައުލަތް ދަވާލިއެވެ. ޔާމީނާއި އަދީބާއި ޒިޔަތު އިސްވެ ތިބެއެވެ. މުޅި ދައުލަތުގައި އޮބި އަޅާ ފެލާލައިގެން އެމީހުންގެ ޖީބުތައް ފުރާލީ އެކުވެރިންނަށް ބައި އަޅައިގެންނެވެ.  

    ޔާމީނު ހިންގި ޕްރޮޖެކްޓްތައް ހިންގީ ޗައިނާގެ ދަރަނީގެ ދަންތުރައިންނެވެ. އޭގެން ވެސް ބައެއް ޔާމީނާއި އައުވާނުންގެ ޖީބަށް ޖަހަލައިގެންނެވެ. ފަޅުރަށްތަކާއި ދެންވެސް ހުރި އެއްޗެއް ވިއްކައިގެން ލިބުނުހާ ފައިސާ ކައި ހުސްކޮށްލީއެވެ. ކޮންޓޭނަރާއި ފޮށިފޮއްޓާއި ދަބަސް ދަބަހުގައި އަމިއްލަ ގޭގެއަށާއި ގުދަންތަކަށް ދައުލަތުގެ ފައިސާ އުފުލީ މޫނެއް ކަނދުރާ އަކަށް ނުބަލައެވެ. ދައުލަތުގެ ހަޒާނާއަށް ވެއްދީ ނަމެއްގައި ވެއްދި ދާދިކުޑަ މިންވަރެކެވެ.

    ޔާމީނު ދައުލަތް ދަވާލުމުގައި އަދީބަކީ އޮަޕަރޭޝަން މެނޭޖަރެވެ. ޒިޔަތަކީ ފްރަންޓް އޮފީހެވެ. އެސްއޯއެފަކީ މަނީ ލޯންޑަރިންގ މެޝިނެވެ. ޑރ. މުއިއްޒަކީ ހިޔާނާތުގެ މަތިއަޅާދޭ މަސައްްކަތު ސަރުދާރެވެ. ޖަރީމާތަކަށް ގާނޫނީ ހަމައަޅުވަން އިދިކޮޅުގެ ރުހުން ހޯދަން ޔާމީނު ބޭނުންކުރީ ބްލެކްމޭލް ވެފައި ހުރި އޭރުގެ އިދިކޮޅު ލީޑަރ އަންނިއެވެ. ޔާމީނު ބޭނުންވި ގާނޫނީ ބަދަލުތައް ގެނައުމަށް މެންބަރުންނަށް ރިޝްވަތުދޭން ޔާމީނު ބޭނުންކުރީ އަންނިއެވެ.

    ދައުލަތުގެ ފައިސާގައި ލަވަކިޔާލާފައި އުޅުނު އަދީބަށް ދުނިޔެ ފެނި ދުނިޔެ ރަންވެ ވަގުގައި ވަގުހިފާ ޔާމީނަށް ފައިސާ ވަނުން ބަންދުވާން ފެށިއެވެ. ސަރުކާރުގެ ބާރު އަދީބު އަތަށް ކަހަމުން ދާތަން ޔާމީނަށް ފެނުނެވެ. ބޮޑެތި ކޮންޓޭނަރުގައި ފައިސާތައް ޔާމީނަށް ގެއްލެން ފެށިއެވެ. ކަން ނިމުނީ އަދީބާއި ޒިޔަތު ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލައިގެންނެވެ.   

    ޔާމީނު ގައުމު ދަވާލާ ގައުމު އިރާ ކައި ހުސްކުރާތަން ބަލަހައްޓައިގެން ހުރުމަކަށް ރައީސް މައުމޫނަކަށް ކެތެއް ނުވިއެވެ. މައުމޫނުގެ މަދަދުގާރަކަށް ވެގެން ޔާމީނާ ދެކޮޅަށް ނިކުތީ ގާސިމް އިބްރާހީމެވެ. ޔާމީނު ބާރުވެރި ވާތަން ދެކެން އެންމެ އުނދަގޫ އެކަކީ އަބަދުވެސް ގާސިމް އިބުރާހީމެވެ. އެންދެރިމާގޭ ތެރެއިން އުފެދިގެން އައި ހިމޭން އިންގިލާބްގެ ކޮޅުތައް ސްޕްރީމް ކޯޓާއި ފުލުހުންނާއި ސިފައިގެން ތެރެއަށް ވަދެގެން ދިޔައެވެ. މަޖިލީހުގެ ތެރެއަށް ވެސް އިންގިލާބުގެ މޫ ލާފައި އޮތެވެ. 

    ފެބްރުއަރީ 1ގެ "އެންދެރި ހިމޭން އިންގިލާބު" ފޭލިކޮށްލާ މުގުލުގައި ތިބި ދެ ފަނޑިޔާރުން އޮޅުއަޅާލިއެވެ. މައުމޫނާއި ޤާސިމާއި ދެންވެސް ތިބިއްޔާ ތިބި ސިޔާސީ ބަޔަކު ހުރަގޭގައި ގައިދުކޮށް ޔާމީނުގެ އަސްލު ސޫރަ ދައްކާލިއެވެ. އެންދެރި ހިމޭން އިންގިލާބު ފޭލިވުމުން ޔާމީނު ނޫން ގޮތެއް ހޯދުމަށް ދިވެހިންނަށް އޭރު އިބޫ އޯކޭއެވެ. 

    ]]>
    Sun, 25 Feb 2024 14:33:06 +0500 ނިއުސް ޑެސްކް
    ސައިދަށް ސައީދު އޮޅި ދެއްކެނީ ޖައްބާރުކަން! https://heerasnews.com/2281 https://heerasnews.com/2281 "ހަމަ ހަގީގަތުގައި ވެސް" ފުން ކަނޑުގެ ތެރެއަށް ގެނބިފައި އޮތީ ރާއްޖެއެއް ނޫނެވެ. ޑރ. މުއިއްޒުގެ ސަރުކާރެވެ. ހެދޭ ނުހެދޭ ނޭނގި މަގު އޮޅި މިސްރާބު އޮޅިގެން އުޅެނީ އިގުތިސާދީ ވަޒީރު ތުރާކުނު ސައީދަށެވެ. މިނާއަކީ ގަރަހިތެއް ކަހަލަ މީހެކެވެ. މިނާގައި ހުރި މުނާފިގުކަން ފެނި ސިހޭހާ ވެއެވެ. 

    މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެ ދާދިފަހުން ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅަކަށް ރައްދުދީ މި ސައީދަކު ވާހަކަ ދެއްކިއެވެ. މީގެކުރީން ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ވެރިއަކު ވެރިކަމުގެ ފުރަތަމަ 2މަހުގެ ތެރޭގައި އާމްދަނީ އިތުރު ކުރުމަށް އިޖާދީ މަސައްކަތެއް ކުރިކަމަކަށް ނުވެއެވެ. ނުއަގުގައި ފަޅުރަށްތައް ރައީސް ޔާމީނު ވިއްކި ކަމަށް ވެސް ބުންޏެވެ. 

    ރައީސް ޔާމީނު ސަރުކާރުގެ އިގްތިސޯދީ ކަންކަމަށް ފާޑު ކިޔާއިރު ރައީސް ޔަމީނުގެ އިގްތިސޯދީ ވަޒީރަކީ ސައީދު ކަމެއް ސައީދު ހަނދާނެއް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިއްޔާކުރި ކަމެއްގައި އެންމެ ބޮޑު ދައުރެއް އޮތީ ސައީދުގެ އެވެ. ސައީދަށް ނޭގި ގޮނޑުދޮށަށް ރާޅެއްވެސް އޭރަކު ނުޖަހައެވެ. އެހެން އެންމެންނަށް ފާޑުކިޔަސް ރައީސް ޔާމީނުގެ އިގްތިސާދީ އެއްވެސް ކަމަކަށް ސައީދަށް ކިޔޭނެ ފާޑެއް ނުއޮންނާނެއެވެ. ރައީސް ޔާމީނުގެ އިގްތިސާދީ ކަންކަމަށް ސައީދު ފާޑު ކިޔާނަމަ އެކިޔެނީ އަމިއްލަ ނަފްސަށެވެ. އަމިއްލައަށް ފާޅު އެ ކުރަނީ މީނާގައި ހުރި ޖައްބާރުކަމެވެ.

    މިހާވަރަކަށް ފޮނު މިއަރުވަނީ ފުރަތަމަ ދެމަހުން ކޮން އީޖާދީ ކަމެއް ކުރެވިގެން ހެއްޔެވެ. ހަފުތާ ސާދައިން ވައުދުތަކެއް ހާސިލުކުރެވިގެން ތުންމައްޗަށް ދަތްނާރައިގެން އުޅޭއިރު ތަފާތު ރަނގަޅެއް އިހުސާސް ވެގެން އުޅޭ ރައްޔިތަކު ނޫޅެއެވެ. ހިލޭ އެހީގެ ގޮތުގައި ބައިސެންޓް ވެސް ބޭރުން ގެނެ ވުނީއެއް ނޫނެވެ. ވެރިކަމެއް ބަދަލު ކުރެވުމުގެ އުފަލެއް އިހުސާސްވީ މީހަކު އުޅެނީއެއް ނޫނެވެ. 

    ރައީސް ޔާމީނު މިނިވަނެއް ނުކުރެވުނެވެ. ގެއްލުނު ކަމަށްކީ ކަނޑު ހޯދަން އިސްތިއުނާފެއް ނުކުރެވުނެވެ. އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ގޯތިތަކާއި ފްލެޓްތައް ހަވަލެއް ނުކުރެވުނެވެ. މުއައްޒަފުންގެ މުސާރަ ބޮޑުކޮށެއް ނުދެވުނެވެ. 

    މިނިސްޓްރީ އުފެއްދުމާއި އެކަމެއް ނުވިޔަސް އެވެނިކަމެއް ކުރަން ނިންމުން އެއީ ވައުދު ފުއްދުން ކަމަށް ވަންޏާ ހުރިހާ ވައުދެއްވެސް ފުދި އިތުރުވެއްޖެއެވެ. މުއިއްޒުގެ ވައުދު ފުދޭވަރަކަށް މަސްވެރިން ނިކުމެ ތިބެނީ މުޒާހަރާގައެވެ. ކަންކަން ކޮށް ނުދީގެން އާއްމު ރައްޔިތުން އެއްވެ ތިބެނީ މުއައްސަސާތަކު ތެރޭގައެވެ. ވޯޓުދިން މީހުން ދުވަނީ ހުސްގޮނޑިއެއް ހިފައިގެން ފަހަތުންނެވެ.

    އައިއެމް އެފާއި ވޯޅްޑް ބޭންކުން ލަފާދެނީ ބަގުރޫޓް އިއުލާނު ކުރުމަށެވެ. އިގްތިސޯދު ހަމަޖެހިފާ އޮތްވަރުން ވިއްކަން ޖެހެނީ ޓީ ބޮންޑެވެ. ވިއްކާ ޓީ ބޮންޑެއް ގަންނާނެ ފަރަތެއް ނުވެއެވެ. ބޭންކު ތަކުން ސަރުކާރަށް ލޯނު ނުދީގެން ސަރުކާރަށް ލޯނު ހޯދަން ޖެހެނީ އެސްއޯއީތައް މެދުވެރިކޮށެވެ. އިންވެސްޓް ކުރަން ހަވާލު ކުރަނީ ސްކޭމަރުންނާއެވެ. 

    މިވަރު ބައެއް ނެތިގެން ދޮގާއި ވަގާއި މަކަރުން ވެރިކަން ހޯދައިގެން ދުލުކުރީގައި ކުރީ ސަރުކާރު ލިޔެގެން ތަސްބީހައަކަށް އެހެން ކިޔުން ނޫނީ ނެތެވެ. ކެރުމެއް ހިތްވަރެއް ހުރިނަމަ ކުރީގެ ސަރުކާރޭ ނުކިޔާ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދީބަލާށެވެ. ރައްޔިތުންނަ ގުޅުން ހުރި ކަމެއް ކޮށްނުދީ ރައްޔިތުންގެ ވޯޓު ހޯދަން ހަމްދަރުދީގެ ކާޑް ކުޅެގެން ވާނެ މޮޅެއް ނުއޮންނާނެއެވެ. ސައިދަށް ސައީދު އޮޅެގެން އުޅުނަސް މީހުނަށް ސައީދެއް ނޯޅެއެވެ. 

    ]]>
    Sat, 24 Feb 2024 18:48:08 +0500 ނިއުސް ޑެސްކް
    މުއިއްޒު ވިއްކާދިނީ ޔާމީނުގެ ދޮގު ދޮލަނގު! https://heerasnews.com/2280 https://heerasnews.com/2280 އާނއެކެވެ. ރާއްޖެ މިއަދު މި އޮތް މިހާލަތަށް ވައްޓާލީ މުއިއްޒެއް ނޫނެވެ. 2013 އިން 2018އަށް ރާއްޖޭގައި ވެރިކަން ކުރި ޔާމީނެވެ. މުއިއްޒަށް ޖެހިގެން އުޅެނީ ޔާމީނު ޖެއްސި ހާލެވެ.

    ބަޔަކަށް ކަންކަން އޮޅެގެން އުޅުނަސް ވިސްނާ ބަޔަކަށް އެ ހަގީގަތެއް ނޯޅެއެވެ. އެމްއެމްޕީއާރުސީ ދަވާލި ގޮތުގެ ވާހަކައާއި ޗައިނާގެ ދަރަނީގެ ދަންތުރައިގެ ވާހަކައާއި ޔާމީނުގެ އަނިޔާގެ ވާހަކައާއި އެއްވެރިކަމުން އަނެއް ވެރިކަމަށް ނަގުލުވެ ވާރުތަ ވަމުން އައި އިގްތިސޯދީ ދަތިކަމުގެ ވާހަކަ އެހަށް ބާއްވަމާ ހިގާށެވެ.

    ޑރ. މުއިއްޒަށް ޔާމީނު ޖެއްސި ހާލުގެ ވާހަކަ އެހަށް ދައްކާލަމާ ހެއްޔެވެ. ހަމަ ތެދެކެވެ. ޔާމީނެކޭ މުއިއްޒާ ވިދިފައި ހުރި ބޭރިއެކޭ ތަފާތެއް ނެތެވެ. ނުމެ ކޭމެއެވެ. ނުމެ ދިޔަމެއެވެ. ޔާމީނަކީ މުއިއްޒުގެ ހަތުރެއް ކަމެއް މިތުރެއް ކަމެއް ނޭނގެއެވެ. މަޖިލިސް އިންތިހާބު ނިމެންދެން ޕީޕީއެމް ކުދިންގެ ހިމަނާރާ ކުޅެލައިގެން ހަމްދަރުދީ ޔާމީނު ހޯދަނީއެކޭ ނުބުނަމެވެ.

    ޔަގީނުން ވެސް އެނގޭކަމަކީ ޑރ. މުއިއްޒަށް އަރައިނުގަނެވިގެން އެ އުޅެނީ ޔާމީނު ޖެއްސި އުނދަގޫ ތަކުން ކަމެވެ. ކަންކަން ހިނގާ ނިމިދާ ގޮތަށް ވިސްނާލުމުން ނިކަން ރަނގަޅަށް މިއީ ތެދެއްކަން އެނގޭނެއެވެ.

    އެންމެ ފުރަތަމަ ކަމަކީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓްގައި ބަގުޑި ބައްދައިގެން ޔާމީނު އުޅުނު އުޅުމެވެ. އެ ބިޔަ ބޮޑު ކޯލިޝަނުން ޔާމީނު ނޫން މީހަކު ވެރިކަމަށް އަޔަނުދޭން އަމަލު ކުރި ގޮތެވެ. ޔާމީނުގެ އަމިއްލަ އެދުމުގައި ޕްރޮގްރެސިވް ކޯލިޝަންގެ ވާގި ނައްތާލީ ޔާމީނު ނޫން ދެވަނަ މީހެއް ނޫނެވެ. އަދުރޭ ވިސްނާ ނެތް ނަމަ ޕީޕީއެމް-ޕީއެންސީ ވުޖޫދުގައިވެސް ނުއޮތީހެވެ.

    ވެރިކަމުގައި ހުރެ ދައުލަތް ދަވާލާ އަމިއްލަ އެކައުންޓު ތަކަށް ދައުލަތުގެ ފައިސާ އެޅުމުގެ ކުށް ސާބިތުވުމުން ވެސް ވެރިކަން ނޫން ކަމެއް ބޭނުން ނުވެގެން ގައުމު ނުރައްކަލަށް ވައްޓާލީ ޔާމީނެވެ. ކޮވިޑާއެކު ގައުމު ބަނޑަށްޖެހި އެމްޑީޕީގެ ވެރިކަން ވައްޓާލެވޭނެ ކަމަށް ޔާމީނު ހީކުރިއެވެ. ޔާމީނު ހީކުރި ގޮތަށް އެކަން ނުވީ  އަވައްޓެރި އިންޑިއާގެ އެހީތެރިކަމާއެކު ރައީސް ސޯލިހު ގައުމު މެނޭޖު ކުރިލެއް ރަނގަޅު ކަމުން ކަމަށް ޔާމީނު ގަބޫލުކުރިއެވެ. 

    އިންޑިއާގެ އެހީތެރިކަން ކަނޑުވާލައިގެން ނޫނީ ވެރިކަމުގެ ވަސްވެސް ޔާމީނަށް ނުފެންނާނެތީ އިންޑީއާ އައުޓް ކެންޕޭން ޔާމީނު ފެށީއެވެ. ހާސްހާހުން ހަތިޔާރު އެޅި ސިފައިން ތިބި ކަމަށް ބުނެ ރައްޔިތުން ބިރުގެންނެވީއެވެ. ބައިނަލް އަގުވާމީ ގާނޫނުތަކާއި އެއްގޮތަށް އދގެ ޓްރައިބިނަލަކުން ހަމަޖެއްސި އިގުތިސާދީ ސަރަހައްދުގެ އިމުގެ މައްސަލައަކީ ކަނޑުވިއްކާލުން ކަމަށް ހަދައިގެން ރައްޔިތުން ރުޅިއެރުވީއެވެ. ކޯޓުގެ ހުކުން ހަރާންކޮށް " ބޭ އިއްޒަތު ބަރީ" ވާން މަގުމަތީކޯޓު އުފަން ކުރުވީ ޔާމީނެވެ.

    ދަބަސް ދަބަހާއި ފޮށިފޮށީގައި ގެއަށް ވެއްދި ހަރާން ފައިސާ ހަލާލުކޮށް ކޯޓު ހުކުމް ހަރާންކޮށްގެން އެއްވާނަކަށް ސަޕޯޓަރުން ކައްކުވައިގެން އެމީހުންގެ ދުނިޔެ ރަންކޮށްލީ ޔާމީނެވެ. ވެރިކަމަށް ވާދަ ނުކުރެވޭނެކަން ކަށަވަރު ވާއިރުވެސް އެހެން މީހަކަށް ފުރުސަތު ނުދީ ޕްރޮގްރަސިވް ކޯލިޝަން މަގުމަތިކޮށްލަން ފައިވިއްދީވެސް ޔާމީނެވެ. ޑރ. މުއިއްޒުގެ ހުސިޔާރު ކަމުން ރިޔާސީ ޓިކެޓް ޖަހައިގަނެ ޕްރޮގްރެސިވް ކޯލިޝަން މަގުމަތި ވިޔަނުދީ ކޮޅަށްޖެހީ ޔާމީނާ ދެކޮޅަށެވެ. 

    އެކަމަކު ކުރާނީ ކީއްހެއްޔެވެ. ސަޕޯޓަރުންގެ ރޫހާ ދެކޮޅަކަށް ޑރ. މުއިއްޒަށް އެއްވެސް އެއްޗެއް ނުބުނެވި ޔާމީނު ވިއްކި ދޮގު ދޮލަގު ބޮލަށް ލައިގެން އުޅުން ނޫން ގޮތެއް މުއިއްޒަކަށް ނެތެވެ. ރާއްޖޭގައި ހާސް ހާހުން ހަތިޔާރުއެޅި އިންޑިއާ ސިފައިން ނެތޭ  ބުނަން ބޭނުން ވިޔަސް ތާއީދު ހިފެހެއްޓުމަށް އެހެން ބުނެވެން މުއިއްޒަށް ނެތުނީއެވެ. ޔާމީނަށް ކޮށްފައި ވަނީ ހައްގު ހަލާލު ހުކުމެކޭ ބުނަން ބޭނުންވިޔަސް އެ ވާހަކަ އެހެން ގޮތަކަށް ފުރޮޅާލެވޭކަށް މުއިއްޒަކަށް ނެތެވެ. ދެކުނު ކަނޑުގެ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅިގެން ދިޔައީ ރަނގަޅަށް ކަމަށް ބުނަން ކިތަންމެ ބޭނުންވިޔަސް މުއިއްޒަށް އެހެންވެސް ބުނެވޭކަށް ނެތެވެ. ވިއްކި ދޮގުލަނގުގެ މައިގަނޑު ތިނެއްޗަކީ އެއީ ވިއްޔާއެވެ.

    ޔާމީނުގެ ދޮގު ދޮލަނގު ވިއްކައިގެން ވެރިކަމަށް އައު ދެވުނީމާ އެ ދޮގުތައް ދިފާއު ކުރަން އުޅެން ހަދައިގެން މުއިއްޒަށް ދައުލަތް ހިންގުން ވަނީ އަނިޔާއަކަށް ވެފައެވެ. އަވައްޓެރި އިންޑިއާ އާއި އެކު އޮތް ޒަމާންވީ އަހުވަންތަ ގުޅުން ކަނޑާލާ އެ މިހުންގެ އެހީތެރިކަމުން އަތްދޮވެލަން ޖެހުނީއެވެ. ބާލަން ވެރިކަމަށް އެރި ސިފައިންގެ ބާލަން ލިބުނީ ޔުނީފޯމެވެ. ހިތާ ދެކޮޅަށްވެސް ކަނޑު ހޯދަން އުޅޭ ގޮތް ދައްކައިގެން އުޅުން ނޫން ގޮތެއް މުއިއްޒަށް މިހާރަކު ނެތެވެ. ޔާމީނަށް ކޮށްފައި ވަނީ ހައްގު ހަލާލު ހުކުމެއް ކަމުން ޔާމީނު މިނިވަން ކުރަން މުއިއްޒަށް ކުރެވޭނެ ކަމެއް ނެތޭ ސީދާކޮށް މުއިއްޒަށް ބުނެވޭކަށް ނެތެވެ. ވެރިކަމަށް އައުމާއެކު ފުއްދަންވީ މައި ތިން ވައުދު ނުފުއްދުމުގެ ސަބަބުން އެންމެ ފަހުން ވެރިކަމަށް 3 މަސްނުވެ މުއިއްޒަށް ރައްޔިތުން ކައްޒާބުގެ ލަގަބު ދިނީއެވެ. 

    ]]>
    Fri, 23 Feb 2024 21:17:17 +0500 ނިއުސް ޑެސްކް
    ސްކޭމަރ މުއިއްޒުގެ ވަތުބަތާނަ! https://heerasnews.com/2279 https://heerasnews.com/2279 ރާއްޖޭގެ އިގްތިސާދަށް ވެގެން އުޅޭގޮތް މީހަކަށް އޮޅެގެނެއް ނޫޅެއެވެ. ރާއްޖޭގައި އޮތިއްޔާ އޮތްރަށަކާއި ފަޅަކާއި ގިރިއަކާއި ވިލަކަށް ދަންދެން ވިއްކާލައިގެން ދައުލަތް ދަވާލީ ޑރ. މުއިއްޒު އެ ސަރުކާރެއްގެ ކެބިނެޓްގައި އިން ސަރުކާރުންނެވެ. ލޯލާރި އެއްވެސް ދައުލަތުގެ ހަޒާނާއަށް ނުވައްދާ ދައުލަތް ކައި ފުރާލައިގެން ތިބެ ދައުލަތް ވަޅުގަނޑަކަށް ވައްޓާލުމުގެ ތުހުމަތު ކުރީ ސަރުކާރުގައި އެބަ އަޅުވައެވެ. 

    ކުރީ ސަރުކާރުން ނުވާނެއޭ ބުނެ މީހެއްގެ ބޮލުގައި ކަމެއް ނާޅުވައެވެ. ކޮވިޑުން އަރައިގަނެ ޔުކްރޭން ހަނގުރާމައިގެ ލޮޅުން ކުޑަކޮށް އުފާވެރި އަމާން ރާއްޖެއެއް ހޯދާ ދިނުމަށް ކުރީ ސަރުކާރު އޮތީ ތައްޔާރަށެވެ. ކުރީ ސަރުކާރުން ދައުލަތް ހަމަ މަގަށް އަޅުވަން ދެވަނަ ދައުރު ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް މަށަށް ވާނެއޭ ކިޔާ ރޮއެ ހޭރިގެން ހުސްގޮނޑިއަކާއި ފޮޓޯގަޑެއްގެ ބާރުގައި ވެރިކަން ހޯދާފައި ކުރީ ސަރުކާރޭ ވަޅުގަނޑޭ ދުފާއެއްޗިއްސޭ މިހާރު ނުކިޔާށެވެ.   

    ބްރިޖާއި ހިޔާ ޓަވަރުތަކާއި ދަރުމަވަންތަ ހޮސްޕިޓާ އަޅާހާ ލާރި އެމްއެމްޕީއާރުސީން މުއިއްޒުމެން ގުޅިގެން ނަގާ އަންބޮނޑިއަށް މަހާލައިގެން އެކަންކަން ކުރުމަށް ދިވެހިންގެ ކަރަށް ވައްޓާލީ ޗައިނާގެ ދަރަނީގެ ދަންތުރައެވެ. ރާއްޖޭގެ ބޭރުގެ ދަރަނީގެ %43 އަކީ ޗައިނާގެ ދަރަންޏެވެ. އެމްއެމްޕީއާރުސީން ކަޅާކޮށްލި އެންމެ ފައިސާ ފޮއްޗެއް ވެސް ދައުލަތަށް ނުހޯދޭ ވަރަށް ހަޖަމްކޮށް ދިރުވާލި ބައިގަނޑު ވެރިކަމަށް އަރާ އަނގަ ދިޔާކުރާކަށް ތާހިރެއް ނޫނެވެ.

    ޗައިނާގެ ދަރަނީގެ ދަންތުރަ ދިވެހިންގެ ކަރަށް މަހާލައިގެން އެޅިބުރިޖުގެ ހަލި މަގުހެދި ކުންފުނިން އަމިއްލަ ޖީބަށް މުއިއްޒު ކަށްވާލި ލާރިގަނޑުގެ ވާހަކަ ޕޯޑިއަމެއްގައި މުއިއްޒު ދައްކާލަ ދީބަލާށެވެ. ހިޔާފްލެޓް ކޮތަރު ކޮއްޓަށް ވީގޮތާއި ދަރުމަވަންތަ ދެޓަވަރުން ޓަވަރެއް ގެއްލުނު ގޮތް ކިޔާ ދީބަލާށެވެ. ބްރިޖުގެ 6 ލޭނުން 2 ލޭނު ދިރުވާލީ ފެން ފޮދަކާވެސް ނުލާ ނޫން ހެއްޔެވެ. ތިޔަ ބައިގަނޑު ނަސަންދުރަ ޕެލަސް ހޮޓެލް ފުޅިއްސާލި ގޮތްވެސް ކިޔާދީ ބަލާށެވެ. ލާމު ލިންކް ރޯޑްގެ ޖަރީމާއިން ކައްވާލި ވަރުވެސް ބުނެދީބަލާށެވެ. 

    މާލޭެގެ ހުޅަގު ފަރާތުގައި ހައުސިންގ ޓަވަރު ތަކެއް ހެދުމުގެ ނަމުގައި ކައްވާލި ފައިސާ ތަކަށް ހެދިގޮތްވެސް މުއިއްޒު ކިޔާ ދީބަލާށެވެ. 2015އިން ފެށިގެން ތައިލެންޑްގެ ރައްޔިތެއް ކަމުގައިވާ ޖިރާޓާ އެކު ހިންގިހާ ސްކޭމުން ނެގި ފައިދާ ގަނޑުގެ ވާހަކަވެސް ކިޔާދޭން ވާނެއެވެ. މާލެ ސިޓީ މޭޔަރަކަށް ހުރެގެން ކާނިވަލުން ދޫކުރި ބިންތަކުން ނެގި ކަޓާއި ޕާކިންގ ސްލޮޓް ވިއްކައިގެން ބައިއަޅައިގެން ހޯދިހާ ފައިސާގެ ތަފްސީލު ދޭން ކެރޭނެ ހެއްޔެވެ. 

    އައު ސަހަރާ މިސްކިތް މުއިއްޒު ވީގޮތާއި އެތާ އެއްވެސް މަސައްކަތެއް ނުކުރަނީސް އަގުގެ %90 ފައިސާ ދޫކުރުމަށް ފަހު އެގްރިމަންޓް ބާތިލުކޮށް އެ ލާރި ގަނޑަށް ހެދިގޮތް ކިޔާލަ ދީބަލާށެވެ. ރަށް ބޭރުގައި އިންދަން ގެނައި ކަދުރު ރުއްތަކުން ކަމިޝަންގެ ގޮތުގައި ޖީބަށް ޖަހާލި ފައިސާގެ ވާހަކަ ދައްކާލަމާ ބަހީއެވެ. ދިމްޔާތު ކުންފުންޏަށް ވަޒީރުކަމުގައި ހުރެ ބިލާދަރު ލޯނެއް ދަމައިގަތުމުގައި ހިންގި ކޮރަޕްޝަން ވެސް އޮންނާނެތާއެވެ. 

    އެފްޑީއޭގައި އަނބިގޮއްޔަ ބަހައްޓައިގެން މެޑިކަލް މާފިޔާގެ ތެރެއިން ކޮވިޑް ތެރޭގައި ހިންގި ޖަރީމާއިން ނެގިހާ މަންފާއެއް ނެގީ ކާކުކަން ނޭނގެނީ ކާކަށް ހެއްޔެވެ. ކޮވިޑް ތެރޭގައި އަނބިގޮއްޔެއާއި ގުޅިގެން އުޅުނު އެންމެހެން މިއަދު ތިބީ ސަރުކާރުގެ ތެރޭގައި ގަދަކޮށެވެ. ވެންޓިލޭޓަރ ޖަރީމާއާއި ކޮވިޑް ސާމްޕަލް ލެބޯޓަރީތަކާއި ޓެސްޓްކިޓްގެ ޖަރީމާގެ މުގުލުގައި އަނބިމީހާ ބަހައްޓައިގެން އުޅުނީ މުއިއްޒު ނޫން ދެވަނަ މީހެއް ނޫންކަން މީހުނަށް މިހާރު އެނގެއެވެ. ގައުމުތައް ހުއްޓި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަނބިމީހާ ލައްވާ މެޑިކަލް މާފިޔާ ގޭންގާ ގުޅިގެން ބޮޑެތި ޖަރީމާ ހިންގުވާނީ ކިހާ ކުލުނެއް ރަހުމެއް ނެތީމާ ހެއްޔެވެ. 

    މުއިއްޒަކީ ތަންތަނަށް ނިކުމެ އަނގަ ދިޔަކުރެވޭ ވަރުގެ މީހެއްނޫނެވެ. ވެރިކަމަށް އަރާހުރެ ވެސް ޖަރީމާ ހިންގުންނޫން ކަމެއް ނުކުރެއެވެ. އެއްބަނޑު ކޮއްކޮއަށް މަޖިލީހުގެ ގޮނޑި ކަށަވަރު ކުރުމަށް އެ މަންޖެއާ ވާދަ ކޮށްފާނެހެން ހީވާހާ މީހަކަށް ސަރުކާރުން ސިޔާސީ މަގާމުތައްދީ ފ. ނިލަންދު އަކީ ދައުލަތުގެ ސިޔާސީ މުއައްސަސާއަކަށް ހަދައިފިއެވެ. ސަރުކާރެއްގައި ހިމެނޭ ހުރިހާ ގިންތިއެއްގެ މަގާމުތައް ނިލަންދޫގައި އެއޮތީ ލަވަކިޔާލާފައެވެ.

    މަޖިލީހުން ސާދަ މެންބަރުން ރިޝްވަތުގެ ކަޅުފައިސާއިން ގަނެފިއެވެ. ސްކޭމްސިޓީ ރަސްމާލެފަށާ ސްކޭމް އެއަރޕޯޓް ތިނަދޫ ފަޅުގައި އަޅަން ފަރިކުރީއެވެ. ރައީސް އޮފީހާއި ދެ ގަނޑުވަރުގައި 600 އަށް ވުރެ ގިނައިން ސިޔާސީ މުއައްޒަފުން އެބަތިއްބެވެ. ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންގެ އަދަދު 400 އާއި ކައިރިކޮށްފިއެވެ. ދެ ދަރަޖައިގެ ޕޮލިސީ ޑިރެކްޓަރުން ސަރުކާރުގައި ތިބި އަދަދެއް ހިސާބެއް ނޭގެއެވެ. އެކަމަކު 700 ސިޔާޒީ ވަޒީފާ ހަމަވާ ކަމަކަށް ދުވަހަކު ނުވެއެވެ. އެކަމަކު ދައުލަތް އޮތީ އިގުތިސާދީ ފުންވަޅުގަޑެއްގައެވެ. ކިހާތާހިރު ހެއްޔެވެ. 

    ]]>
    Thu, 22 Feb 2024 16:02:52 +0500 ނިއުސް ޑެސްކް
    މުއިއްޒު ދައްޔޫސް ހެދިގެން ގައުމު ނޮޅާ ކާކެއުން ހުއްޓުވާ! https://heerasnews.com/2278 https://heerasnews.com/2278 އަނބި މީހާގެ އުނު އަންނައުނު ހޯދާދޭން ކަންމަތީ ފިހާރައިގެ ސޭޓް އެއްބަހެވެ. އަނިބިމީހާއަށް ކާންބޯން ދޭނީވެސް ސޭޓެވެ. އަނބިމީހާއަށް ބޭނުންވާ ސެންޓާއި އަތަރާއި ލޯޝަނާއި އެނޫންވެސް ބޭނުންވާ ހުރިހާއެއްޗެއް ހޯދާދޭނީ ސޭޓެވެ. ބޭސްފަރުވާއަށް ދާންދެން ސޭޓުވަނީ ހަވާލުވެފައެވެ. ސޭޓު ބޭނުންވާ ކަންކަމުގައި ސޭޓް ބޭނުންވާ ގޮތަކަށް ކަންކަން އަނބިމީހާ ކޮށްލާ ދިނީމާ ނިމުނީއެވެ. ޖީބުން އެންމެ ހަތަރު އަނާއެއްވެސް އަނބި މީހާއަށްޓަކާ ފިރިމީހާ ހަރަދު ކުރާކަށް ނުޖެހޭނެއެވެ. އެކަމުގައި މަށަކަށް ލިބޭ ގެއްލުމެއް ނެތެވެ. ދުވަސްކޮޅަކުން އަނބިމީހާ މަށާ ހަތަރުކަޅި ހަމަކޮށް ނުލެވޭ ވަރަށް ސޭޓަށް ގޮސް ހުސްވިޔަސް ވަރިހަމަތާއެވެ. ސޭޓާއެކު މިހެދުނީ ކިހާ ފައްކާ ޑީލެއްހެއްޔެވެ. ދައްޔޫސެކޭ މީހުން ކިއްޔާ ވާނީ ކީއްހެއްޔެވެ. 

    ޑރ. މުއިއްޒުވެސް ހަދަމުން އެދަނީ އެޒާތުގެ ޑީލެވެ. ކޮންމެ ދައްޔޫސީ ޑީލަކާ ގުޅުވައިގެން މާމޮޅު ވާހަކައެއް ކަމަށް ހަދައިގެން މިބުނަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ވާހަކައެވެ. ރާއްޖޭގެ އެންމެ އަކަ ކައިވަތަކީ ވެސް ތިޔަ ހީކުރާހެން ފައިސާއިން އަގުކުރެވޭނެ އެއްޗެއް ނޫނެވެ.

    ރާއްޖޭގެ ސަރަހައްދު ކަމަށްވާ އާޕިލަޖިކަލް ބޭސްލައިނުގެ ބޭރުން ބާރަ ކަނޑުމޭލުން އެތެރޭގެ ކޮންމެ އަކައިންޗިއަކީ ދައުލަތުގެ މިލްކިއްޔާތެވެ. ބަޖެޓްގައި އޮތަސް ނެތަސް ހަޒާނާގައި ކޮމޯޑިޓީއެއްގެ ގޮތުގައި ރައްކާކުރެވިފައި ނެތަސް ހަމައެއް އުސޫލެއްނެތި ވެރިއަކަށް ހުންނަ މީހާ ބޭނުންހާ އެއްޗެއް ދައުލަތުގެ މިލްކިއްޔާތަކަށް ނުހެދޭނެއެވެ. 

    ބައިނަލްއަގުވާމީ ގާނޫނު ތަކުގެ ދަށުން ބައިނަލްއަގުވާމީ ކޯޓަކުން ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކިކުރުމުން ކަނޑު ވިއްކާލި ކަމަށްވެގެން އަޑުން އަޑުނަގާ ތެޅެފޮޅުނީ ތިޔަ ބައިގަނޑެވެ. އެއްޔަކީ އަދި ރާއްޖޭގެ ސިޔާސީ ސަރަހައްދުގައި ހިމެނޭ ތަނެއްވެސް ނޫނެވެ. އެކަމަކު ވެރިކަމަށް އެރިގޮތަށް އަރާ ފުށިދިއްގަރުފަޅު ހިލާލީ ބޯހިޔާވަހި ކަމުގެ ނަން އަޅުވައިގެންނެވެ. ބޭރު ބަޔަކަށް 99 އަހަރަށް ބާޓާ އުސޫލުން ދޫކޮށްލީ ގާނޫނާއި ގަވައިދަށް ބެލުމެއް ނެތިއެވެ. 

    ކުރީ ސަރުކާރަކުން 25 އަހަރަށް ހުޅުލޭ އެއަރޕޯޓް ހިންގުން ބޭރު ބަޔަކާ ހަވާލުކޮށްގެން ނެގިނެގިފައި ޖެހުނީވެސް ތިޔަ ބައިގަނޑެވެ. އެންމެ ފަހުން އެ އެގްރިމަންޓް ބާތިލުކޮށް 300 މިލިޔަން ޑޮލަރުގެ ބަދަލެއް ތިޔަ ބައިގަނޑާހެދި ދައުލަތަށް ދޭން ޖެއްސި ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

    ރާއްޖޭގައި 99 އަހަރަށް ފަތުރުވެރިކަމަށާއި އެނޫން ބޭނުމަށް ބިން ދީފައި ހުރީ ގާނޫނީ ތަރަހައިގެ ތެރެއިންނެވެ. އެކަށީގެންވާ ބޮޑު އަދަދަކަށް ޑޮލަރު އެކުއިޒިޝަންގެ ގޮތުގައި ދައުލަތަށް ނަގާ ގެރެންޓީ ހޯދައިގެންނެވެ. އެއްވެސް ގެރެންޓީއެއް ދައުލަތަށް ނުހޯދާ ބާޓާ ސިސްޓަމަށް އަކައިންޗިއެއް ވެސް ބަޔަކަށް ދައުލަތުން ދީފައި ނުވެއެވެ. 

    ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގައި ތިނަދޫ ރައްޔިތުންނަށް ވައުދުވީ ބުރިޖަކުން ކޫއްޑުއާ ތިނަދޫ ގުޅާލާށެވެ. ކުއްލިއަކަށް ވައުދު ބަދަލުވެ ތިނަދޫ ފަޅުގައި އެއަރޕޯޓެއް އަޅަން ޖެހިއްޖެއެވެ. ރިޔާސީ ވަދުވީ ނިކަން ރަނގަޅަށް ދިރާސާކޮށް ފަންނީ މައުލޫމާތާއި ފީޒިބިލިޓީގެ މައްޗަށް ކަމަށް އަނގަ ފުރާފައި ބުނެއެވެ. ހެދި ފީޒިބިލިޓީއާއި ވީއައުދު އެކޮޅުކޮޅުން ޖެހި ތިނާދޫ ފަޅަށް އެއަރޕޯޓެއް ވައްޓާލަނީއެވެ. ހަތް މިނިޓްގެ ދުރުމިނުގައި ހިނގަ ހިނގާ އޮތް އެއަރޕޯޓެއް އޮއްވައެވެ.

    ހެއްވާ ކަމަކީ ދައުލަތުން ލޯލާރިއެއްވެސް ހަރަދުނުކޮށް އިންޓަރނޭޝަނަލް އެއަރޕޯޓެއް ތިނަދޫ ފަޅުގައި އެޅުމެވެ. ތެދެކެވެ. ބަޖެޓަކުން އެންމެ ލާރިއެއްވެސް ހަރަދެއް ނުކުރެއެވެ. ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑަށް ހުވަދޫ އަތޮޅުން 12 ރަށް 99 އަހަރަށް ދެނީއެވެ. ދައުލަތަށް ބައިސެންޓް ވެސް ނުހޯދައެވެ. އަދި ދައުލަތަށް ބައިސެންޓް ވެސް ލިބުމެއް ނެތް ގޮތަށެވެ. މަޖިލިސް ކެންޕޭނަށް ޑޮލަރުކޮޅެއް ޖީބަށް އަލާލަ ދިނަސް ޑީލްނިމުނީ ހަރަދު ކުރަން ޖެހޭތީ އަނބިމީހާ ވިއްކާލާ ގޮތަށެވެ.

    މިހުރިއްޔަކީ ސަމާސާ ކަންކަމެއް ނޫނެވެ. ވަރަށް ސީރިޔަސް ކަންކަމެވެ. ދައުލަތް ދަވާލުމުގައި މުއިއްޒު މިގެންގުޅެނީ ދައްޔޫސީ އުކުޅެވެ. ދައްޔޫސް ހެދިގެން ގައުމު އިތުރަށް ނޮޅާކާން ބޭރު މީހުނަށް ދީގެން މުއިއްޒު އުޅެން، އުޅޭ އުޅުން ހުއްޓުވަން ޖެހެއެވެ. ގާނޫނުގެ ތެރެއިން ނުވިއްޔާ މަގުމަތިންނެވެ.  

    ]]>
    Wed, 21 Feb 2024 16:36:50 +0500 ނިއުސް ޑެސްކް
    އިންޑިއާ މީހުން ފިޔާ ކަންޏާ ދިވެހިން ތިބެނީ ފިޔާކައިގެން! https://heerasnews.com/2277 https://heerasnews.com/2277 ގަބުޅިއާއި ދިޔާ ހަކުރާއި ވަޅޯމަހަކީ ދިވެހީންގެރާއްޖޭގެ އިރު ކޮއްތަށް ނުހަދާ ވާކަށްނެތެވެ. ގަބުޅިއާއި ދިޔާ ހަކުރާއި ވަޅޯމަހަކީ އިރުކޮއްތު ކަމަށް ހަދަން އުޅުނަސް ހެދޭކަށް ވެސް ނެތެވެ.

    ދިޔާހަކުރެއް ކަރުހަކުރެއް ލިބޭކަށް ނެތެވެ. ރާއަރާ މީހަކު މަދުން ނޫނީ ނޫޅެއެވެ. ހަކުރު ހިލަން ދަންނަ މީހުނެއް ވެސް އެވަރަކަށް ނޫޅެއެވެ. ދިޔާހަކުރު ކަންޏާ އެވެސް ޖެހޭނީ އިންޕޯޓް ކުރާށެވެ. ހެޔޮވަރު ވަރަކަށް ހަކުރު ހިލާ ބަޔަކު އުޅުނަސް އުޅެނީ އިންޑިއާގައެވެ. 

    ތިން ހަތަރު ލައްކަ މީހުން ކާވަރަށް ގަބުޅި ލިބޭކަށް ރުއްރުކުގައި މަތިވަރެއް ނެތެވެ. ރުއްތައް ހުރީ ކޮޅުން ފޯދި ފަން ކުރުވެފައެވެ. ދިވެހީންގެ ރާއްޖެއަށް ކާއްޓާއި ގަބުޅިއާއި ކުރުނބަލަށް ދާންދެން އިންޕޯޓް ކުރަން އޮތީ ޖެހިފައެވެ. އިންޕޯޓް ކުރަންޏާ ކުރަންވީވެސް އިންޑިއާ އިންނެވެ.

    ވަޅޯ މަހަކީވެސް ނުލާހިކު ތަދު އެއްޗެކެވެ. މަހަކީވެސް މިހާރަކު އެހާ ފަސޭހައިން ބޭވެން އޮތް އެއްޗެއް ނޫނެވެ. ފައްޔާ ރިޔަލުގައި ނިކުމެ ރަށު ކަންދަށުން އިހުގައި މަސްބެޔަސް އެކަންވެސް މިހާރަކު ވާކަށް ނެތެވެ. އެއް ތަނުން އަނެއް ތަނަށް ހިރެލެވެން ވެސް އޮތީ ތެޔޮ ހުރެގެންނެވެ. ތެލަކީ ރާއްޖެއަކުން ލިބޭކަށް ހުރިއެއްޗެއް ނޫނެވެ. އެންމެ ކައިރީގައި ތެޔޮ ނަގާ ގައުމަކަށްވެސް އޮތީ އިންޑިއާއެވެ.

    އެހެން ކަމުން ގަބުޅިއާއި ދިޔާހަކުރާއި ވަޅޯމަހަށް އެނބުރި ދެވޭކަށް ނެތެވެ. ބޭރުން ގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން އުޅެން އާދަވެފައިވާ ރާއްޖޭގައި ބަނޑުފުރާނަ މުއްތި ކުރެވެން އޮތީ ބޭރުން ތަކެތި ގެނެސްގެނެވެ. ގައުމިއްޔަތު ކިތަންމެ ފުޅާވެ ދިގުވެފައި އޮތަސް އެނޫން ގޮތެއް ދިވެހީންގެރާއްޖެ އަކަށް ނެތެވެ. 

    އަނެއްކޮޅުން އަލުތްވާއި ބިހާއި ފިޔާ ބޭނުން ނުކޮށް ދިވެހީންގެ އިރުކޮއްތު ކެއްކޭކަށް ނެތެވެ. ރާއްޖޭން ލިބޭ ކުކުޅު ބިހަކުން އެކަނި ހަމަޖެއްސޭކަށް ނެތެވެ. އަލުތްވާއި ފިޔާ ރާއްޖޭގައި ހެދުނަސް ހައްދާ ބަޔަކު ނޫޅެއެވެ. ދިވެހީންނަށް ފިޔާ ނެތި ކާއެއްޗެއް ރޯފިލުވޭ ކަމަކަށް ނުވެއެވެ. 

    އަލުތްވާއި ބިހާއި ފިޔާ ގުދަންކޮށްގެން ގިނަ ދުވަހު ގެންގުޅުމަކީ ހަރަދު ބޮޑު އުނދަގޫ ކަމެކެވެ. ކުރު މުއްދަތުގައި އަވަހަށް ރޯލުކޮށް ނުލެވިއްޖެނަމަ ބޮޑުބައެއް ހަލާކުވާ އުމުރު ކުރު އެ ޒާތުގެ ކާބޯތަކެތި ދުރު ކަރަކަރައިން ގެނެސްގެން ނުވިއްކެނީ އެހެންވެއެވެ. ޒަމާނުއްސުރެ އަލުތްވާއި ބިހާއި ފިޔާ އުތުރު ކަރައިން ގެނންނަނީ އެހެންވެގެންނެވެ. އަތްފޯރާ އަގެއްގައި ބާޒާރުން އެތަކެތި ލިބެން ހުންނަނީ އެހެން ވެގެންނެވެ. 

    އިންޑިއާ ނޫންގޮތެއް ހޯދައިގެން އުޅެން ދިމާކޮށްފައިވާ ދިވެހީންގެރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް އަލުތްވާއި ބިހާއި ފިޔާ ހޯދޭނެ ފަސޭހަ އެހެން ގޮތެއް ހޯދާ ނުދީ އޮތަސް ދިވެހިންނަށް އަލުތްވާއި ބިހާއި ފިޔާ ކޮންމެ ދުވަހަކުވެސް ބޭނުންވެއެވެ. އެތަކެއްޗާ ނުލާ ދިވެހިންނަކަށް ނޫޅެވެއެވެ. ވައްތަރަކަސް ފިޔާގެ ބަދަލުގައި ވިހަ ކަނދޮޅެއް ބޭނުމެއް ނުކުރެވޭނެއެވެ. 

    އިންޑިއާގެ ބާޒާރަށް އަންނަ އެކިއެކި ލޮޅުން ތަކުގައި ދޭތެރެ ދޭތެރެއިން އިންޑިއާއިން ފިޔާ ބޭރުކުރުން މަޑު ޖައްސާލައެވެ. އިންޑިއާއިން ފިޔާ ބޭރުކުރުން މަޑުޖައްސާލާ ކޮންމެ ފަހަރަކުވެސް މީގެކުރިން ރާއްޖެއަށް ދަތިނުވާ ވަރަށް ފިޔާ ލިބޭނެ ގޮތް ހަމަޖައްސާ ދެއެވެ. އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލިޔަސް ރާއްޖެއަށް ބަރާބަރަށް ފިޔާ ލިބިލިބި ހުރެއެވެ. މީގެ ކުރިން އިންޑިއާ މީހުން ފިޔާ ކަންޏާ ދިވެހިން ތިބެނީ ފިޔާ ކައިގެންނެވެ. 

    ހުސްވި ޑިސެމްބަރު މަހުން ފެށިގެން އަންނަ މާރިޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން އިންޑިއާއިން ވަނީ ހުއްޓާލާފައެވެ. އެކަމުގެ ނުރަނގަޅު އަސަރު ރާއްޖޭގެ ބާޒާރަށް ދަނީ ކުރަމުންނެވެ. ރާއްޖެއަށް ކުރިންދޭ އިސްތިސްނާ ރާއްޖެއަށް އިންޑިއާ ނުދިނުމުންނެވެ. މުއިއްޒުގެ ހައްދުފަހަނައެޅި ގައުމިއްޔަތުގެ ސަބަބުން ރާއްޖޭގައި ފިޔާ ދަނީ މާވަހަރަށް ވަމުންނެވެ. 

    އެހެން އެކަން އޮއްވާ ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުމުގެ ހާއްސަ ހުއްދައެއް އިންޑިއާއިން ދީފިއެވެ. އިންޑިއާ ސަރުކާރުން ހާއްސަ ހުއްދައެއް ދީގެން ފިޔާ ލިބޭ އަވަށްޓެރި ގައުމުތަކުގެ ލިސްޓްގައި މިފަހަރު ދިވެހީންގެރާއްޖެ ނުހިމެނުނެވެ. ޒަމާންވީ އަހުވަންތަ ގުޅުމުގައި މުއިއްޒު ކޮޅުފައިން ޖެހުމުގެ ނަތީޖާ ދިވެހިންނަށް ވަރަށްވެސް ހިއްޗެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމުގެ ހާއްސަ ހުއްދަ ދީފައިވަނީ ބަންގްލަދޭޝްއާއި ބޫޓާންއާއި ސްރީލަންކާއާއި މޮރިޝަސްއަށެވެ. ކިހާދެރަ ހެއްޔެވެ. 

    ]]>
    Wed, 21 Feb 2024 14:52:57 +0500 ނިއުސް ޑެސްކް
    އެމްޑީޕީގެ ހިކުމަތްތެރި ނިންމުމެއް! https://heerasnews.com/2276 https://heerasnews.com/2276 އެމްޑީޕީއަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފިއެވެ. ކޮން އިރަކު ކުރަންވީ ކީއްކަން ވަރަށް ރަނގަޅަށް އެމްޑީޕީއަށް އެނގެއެވެ. އެހިނދަކަށް ކުރަންވީ ކީއްކަމާއި އެކަމެއް ކުރަންވީ ކިހިނެތްކަން ވެސް އެމްޑީޕީއަށް އެނގެއެވެ. 

    ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ އުފެދުނީއްސުރެ ދެމި އޮންނަނީ ވަރުގަދަ އަސާސް ތަކެއްގެ މަތީގައި އޮތް ޕާޓީއަކަށް ވާތީއެވެ. ވަކި އެކަކަށް ވުރެ އެމްޑީޕީ ބޮޑު ވީމައެވެ. ރާއްޖޭގައި ނަން ހިނގާ އެތައް ބަޔަކު އެމްޑީޕީގެ ލީޑަރޝިޕަށް އައިސް ގޮސް ވެއްޖެއެވެ. ވަކި މީހަކު ނެތުމުން ޕާޓީ ހުއްޓި ވާގިނެތިގެން ނުދެއެވެ. 

    ސިޔާސީ ލީޑަރުން އުފެއްދުމުގައި ވެސް އެމްޑީޕީއަކީ މިސާލެއް ނެތް ޕާޓީއެކެވެ. ގޮފި ފެންވަރުން ރަށު ފެންވަރުން ދާއިރާ މަޖިލީހުން ގައުމީ މަޖިލީހުން ލީޑަރޝިޕަށް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އައުމުގެ ފުރުސަތު އެންމެ ފަހި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ ޑިމޮކްރެޓިކް ހަމަތައް އޮޔާލާ އަމިއްލަ ބާރުވެރިކަން އިސްކުރުމަކަށް އެމްޑީޕީގައި ޖާގައެއް ނޯވެއެވެ. އެގޮތަށް އުޅޭ ކޮންމެ މީހަކު ޖެހެނީ ބާކީވެ އެކަހެރިވާށެވެ. އެމްޑީޕީގައި ލީޑަރަކަށް ވެވެނީ ޕާޓީގެ ހައްގުގައި އެ މީހަކު ކުރާ މަސައްކަތަކުންނެވެ. ވަކި ނަސްލެއްގެ ވަކި ދަރިކޮޅެއްގެ ވަކި ރަށެއްގެ މީހަކަށް ވެގެނެއް ނޫނެވެ.

    ވަކި ރަށެއްގެ ވަކި ޝާހީ އާއިލާއަކަށް ނިސްބަތް ވެގެން ވާކަމެއް ނަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ޅ. ހިންނަވަރު މީހަކު ރާއްޖޭގެ ރައީސް ކަމެއް ނުކުރީހެވެ. އައްޑު އަތޮޅު ހިތަދޫ މީހަކު މަޖިލިސް ރައީސް ކަމެއް ނުކުރާނެއެވެ. އަނެއް ކޮޅުން އެމްޑީޕީ ސަރުކާރަށް ނިސްބަތްވާ މީހަކު އދ މަޖިލީހުގެ ރައީސް ކަމެއްވެސް ނުކުރީހެވެ. އެ ހުރިހާ ކަމަކުންވެސް ސާބިތު ކޮށްދެނީ އެމްޑީޕީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ މިންވަރެވެ.

    އެމްޑީޕީން ސިޔާސީ ނިންމުމެއް ނިންމަނީ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލާފައެވެ. ތަޖުރިބާގެ އަލީގައެވެ. ސިޔާސީގޮތުން އެމްޑީޕީ ނުކުރާ ތަޖުރިބާއެއް ރާއްޖޭގެ އެހެން އެއްވެސް ޕާޓީއަކަށް ކުރެވިފައެއް ނުވާނެއެވެ. ޕެޕަރ ސްޕްރޭއާއި ޖަލުގޮޅިއެވެ. ކޯލިޝަންވެރިކަމުގެ ހިތިކަމާއި ޕާޓީ ބަދަލު ކުރުމެވެ. މަޖިލީހުގެ މެޖޯރިޓީ ނެތުމާއި ބަގާވާތުން ވެރިކަން ވެއްޓުމެވެ. ވަރުބަލި ކަމެއްނެތި މުޒާހަރާ ކުރުމާއި ލީޑަރުން ޕާޓީ ދޫކޮށް ދިއުމެވެ. ޕާޓީގެ ތެރެއިން ޕާޓީތައް އުފެދި އެ ޕާޓީތައް ހުލިވުމެވެ. ވެރިކަމުގެ ކޯލިޝަން ދެމެހެއްޓުމާއި އެތެރޭގެ އިންތިހާބީ ކޯޅުމެވެ. ވެރިކަން ލިބުމާއި ވެރިކަން ގެއްލުމެވެ. 

    އެމްޑީޕީގެ ތާރީހުގައި މިއަދަކީވެސް ފާހަގކޮށްލެވޭ ހަރުދަނާ ނިންމުމެއް ނިމިގެންދިޔަ ދުވަހެކެވެ. ޕާޓީން ހުސްވެފައިވާ ޕާޓީގެ އެންމެ އިސް މަގާމަށް އިންތިހާބަކާ ނުލާ ބޭފުޅަކު ހަމަޖެހިގެން ދިޔަ ދުވަހެވެ. ރައީސް ކަމުގެ މަގާމަށް ވާދަކުރާ އެހެން މީހަކު ނެތުމުން ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތީން އޮނަރަބަލް އަބްދުއްލާ ޝާހިދު ރައީސް ކަމަށް އެކަށައެޅުނު ދުވަހެވެ. 

    އޮނަރަބަލް ޝާހިދަށް ލިބިވަޑައިގެން ރައީސް ކަމަކީ ތަބަކަށްލާފައި ދިން އެއްޗެއް ނޫނެވެ. އޮނަރަބަލް ޝާހިދާ މީހަކު ވާދަ ނުކުރީ އެކަން ކުރެވޭވަރުގެ މީހަކު ނެތިގެނެއް ވެސް ނޫނެވެ. އެހެން އެކަން ނިންމުމުގައި ގިނަގުނަ ސަބަބުތަކެއް ވެއެވެ. އެގޮތުން ކުރިމަތީގައި އޮތް ގައުމީ ބޮޑު އިންތިހާބު އެމްޑީޕީއަށް ގެއްލި ދާނެ ގޮތަކަށް ޕާޓީގެ ތެރޭގައި ގަދަ ހިފުމަކަށް ދާއްކަށް އެމްޑީޕީ ބޭނުން ނުވުން ހިމެނެއެވެ.

    އެމްޑީޕީގެ ރައީސްކަމަށް އޮނަރަބަލް ޝާހިދު ފަދަ ކުޅަދާނަ ގާބިލު ތަޖުރިބާކާރު ބޭފުޅަކު ކުރިމަތިލައްވާފައި ވަނިކޮށް އެތެރޭގެ ގަދަ ހިފުމަކަށް ދިޔުމަކަށް އެމްޑީޕީ މެންބަރުން ބޭނުމެއް ނުވެއެވެ. ހިފާ ގަދަ ހިފުމަކުން ޕާޓީއަށް ލޮޅުން އެރުވުމަށްވުރެ ޕާޓީއަށް ހުރިހާ ގޮތަކުންވެސް މިވަގުތު އެންމެ ފައިދާ ބޮޑީ އެގޮތެވެ. ބައިލައްކައަށް ވުރެ ގިނަ މެންބަރުން ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ޕާޓީން އެކަން ނިންމީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް މެންބަރުންގެ ހިތާ ރޫހުންނެވެ.  ގައުމީ މަސްލަހަތާއި ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެގެންނެވެ.

    އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ ހިތަކީ ރައީސް ސޯލިހޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ރައީސް ސޯލިހުގެ ބައިވެރިވުންނެތް އެއްވެސް ސިޔާސީ ނިންމުމެއް އެމްޑީޕީގެ މުޅި ތާރީހުގައި ނެތުމަކީ ރައީސް ސޯލިހަކީ އެމްޑީޕީގެ ހިތޭ ބުނަންޖެހޭ ސަބަބެވެ. ޕީޖީ ލީޑަރުގެ ގޮތުންނާއި އިސްލީޑަރުގެ ގޮތުންނާއި ވަގުތީ ރައީސްގެ ގޮތުން، ރައީސް ސޯލިހު އެމްޑީޕީއަށް ކޮށްދެއްވި ހިދުމަތަށް ފަށްފަށުން ޝުކުރުވެރިވަމެވެ. މުޝްތަޝާރެއްގެ ގޮތުގައި އަބަދުމެ އެމްޑީޕީއާއި އެކު ހުންނަވާނެކަމާ މެދަކު ޝައްކެއް ނުކުރެވެއެވެ. 

    އޮނަރަބަލް ޝާހިދުގެ ލީޑަރޝިޕްގައި އެމްޑީޕީއަށާއި ރާއްޖެއަށް އުފާ ފާގަތިކަން ލިބިގެން ދިއުމަކީ ކުރެވޭ ދުއާއެވެ. އޮތް ހެޔޮ ނިޔަތެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުމަކީ އޮނަރަބަލް ޝާހިދުގެ މޭސްތިރި ކަމުގައި ކުރެވިގެން ދާނެ އެންމެ ކާމިޔާބު މަސައްކަތަށް އިރާދަފުޅުން ވެގެން ދާނެ ކަމަށް ޔަގީންކުރެވެއެވެ. ހީރަސް ނިއުސް ޓީމުން އެމްޑީޕީގެ އައު ރައީސަށް ތަހުނިޔާ އަރިސްކުރަމެވެ. މަރުހަބާ! އެމްޑީޕީގެ ރައީސް ޝާހިދު!

    ]]>
    Tue, 20 Feb 2024 20:39:51 +0500 ނިއުސް ޑެސްކް
    މުއިއްޒަކީ މަޖިލީހުގެ ކޮންޓްރޯލްދޭން ހެޔޮވާވަރު މީހެއްނޫން https://heerasnews.com/2275 https://heerasnews.com/2275 ރާއްޖޭގެ ސިޔާސީ ނިޒާމާއި ދުސްތޫރީ ނިޒާމު ރޭވިފައި އޮތީ ސަރުކާރުން ބޭނުން ވީމާ ބޭނުންހާ ގޮތެއް ހެދޭ ގޮތަށް ނޫން ކަމުގެ ކަންބޮޑުވުން މުއިއްޒު އައްޑޫގައި ފާޅު ކޮށްފިއެވެ. ރާއްޖޭގެ ދުސްތޫރީ ނިޒާމަކީ ރައްޔިތުންގެ މަޖިލިސް ސަރުކާރާ އެއްކޮޅަށް ނުލިބިއްޖެ ނަމަ މުއިއްޒު ހިތުހުރިހާ ކަމެއް ހިތުހުރި ގޮތަކަށް ކުރުމަށް ހުރަސް އެޅިގެންދާ ނިޒާމަކަށް ވެގެން އެކަމާ މުއިއްޒު ވަރަށް ކަންތައް ބޮޑުވެއްޖެއެވެ.

    ކުރިން ހީކުރެވުނީ މުއިއްޒު މަޖިލީހުގެ މެޖޯރިޓީ ހޯދަން މިއުޅެނީ ރައްޔިތުންނަށް ހެވެއް އެދިގެން ކަމަށެވެ. ރަނގަޅު ކަންތައް ތަކެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އެކަމަކު ހަގީގަތަކީ އެއީ ނޫންކަން މިހާރު ވަރަށް ސާފެވެ. މުއިއްޒަށް ދުސްތޫރީ ނިޒާމު ކަމު ނުދިޔަކަން އެނގުނު ހިސާބުންނެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީ ބޭނުން ވެގެން މުއިއްޒު އުޅެނީ ކީއްވެކަން ރޭކާލައިފިއެވެ. މުއިއްޒުގެ ބޭނުމަކީ ގަދަފަދަ ކަމާއި ނޭއްގާނި ކަމާއިއެކު ގޮށްމުށުގެ ވެރިކަމެއް ކުރުމެވެ. 

    މަޖިލީހުގެ މެޖޯރިޓީ މުއިއްޒު ހޯދަން އުޅެނީ ރައްޔިތުނަނަށް ހެވެއް އެދިގެން ކަންތައް ތަކެއް ކޮށްދޭ ކަށެއް ނޫނެވެ. މަޖިލީހުގެ މެޖޯރިޓީ ނުލިބުނަސް ރައްޔިތުންގެ ހެވާލަބައަށް ކޮށްދޭ ކަންކަން ކުރުމަކަށް ސަރުކާރަކަށް ދުސްތޫރީ ހުރަހެއް ނުއޮންނާނެއެވެ.

    ތިން ބާރު ވަކިވެފައިވާ ޗެކް އެންޑް ބެލެންސް ނިޒާމެއް ރާއްޖޭގައި ގާއިމުކުރީ އޮޅެގެނެއްނޫނެވެ. މުއިއްޒު ކަހަލަ ގޮށްމުށުގެ ވެރިންވެސް ވެރިކަމަށް އަތުވެދާނެކަން ރައްޔިތުންނަށް އެނގޭތީއެވެ. ހިތު ހުރިހާ ކަމެއް ހިތުހުރި ގޮތަކަށް ކުރަން ފުރުސަތު ނުދޭށެވެ. ވަކި ވަރަކަށްވުރެ ބޮޑަށް ވެރިއެއްގެ ކޮންޓްރޯލަށް މަޖިލިސް ހިނގައްޖެނަމަ ވާގޮތްވެސް ރާއްޖެ ތަޖުރިބާ ކޮށްފިއެވެ. 

    އަމްދުން މުއިއްޒަކީ ވެރިކަމުގައި ހުއްޓާ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ދޭން ހެޔޮވާވަރުގެ މީހެއް ނޫނެވެ. މަޖިލީހުގައި މުއިއްޒަށް ވަފާތެރި މެންބަރުންނެތިގެން އެންމެ ފަހުންވެސް ރިޝްވަތުދީގެން 13 މެންބަރުން ގަތީއެވެ. މެންބަރުން ގަތުމަށްފަހު އެމެންބަރުން ބޭނުން ކޮށްގެން މަޖިލީހުގެ މެންބަރުންގެ ވާޖިބަށް މުއިއްޒު ހުރަސް އެޅީ ނިކަން ހުތުރު ކޮށެވެ.

    ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުން ފަދަ ކުޑަކުޑަ ކަމެއްގައި މަޖިލީހުގެ ނިޒާމް ގެއްލުވާލާ މަޖިލީހުގެ ތެޅުމަކީ ގުޅަކުޅޭ ފަސްގަޑަށް މުއިއްޒު ބަދަލު ކުރުވިއެވެ. މުއިއްޒުގެ ސިޔާސީ މުއައްޒަފުން ގްރީން ޒޯނަށް ނެރުވާ އެމީހުން ލައްވާ މަޖިލީހަށް އުކުވީ އޮއްގަލެވެ. މަޖިލީހުން ރުހުން ނުދިނީމާ ހަމައެމީހާ ރުހުން ނުދިން ވުޒާރާގެ ވަޒީރު ކަމަށް އިސްކުރަނީއެވެ. އެއް ވުޒާރާއަކަށް ތިން ހަތަރު ވަޒީރުން ލަނީއެވެ. މަޖިލީހުން ބަޖެޓް ނުދީ ޕްރޮޖެކްޓެއް އުނިކުރިޔަސް އެކަމެއް ބަޖެޓަށް ވަގަށް ހިންގާލަނީއެވެ. މިވަރު މީހަކަށް މަޖިލީހުގެ ކޮންޓްރޯލު ލިބިއްޖެނަމަ ނުބައި ނުލަފާކަން ދައްކާލާނެ ވަރު އޮތީ ހިތައް އަރުވާލުމެވެ. 

    ]]>
    Tue, 20 Feb 2024 10:08:54 +0500 ނިއުސް ޑެސްކް
    ރައްޔިތުން ދޭ މެޖޯރިޓީއެއް މުއިއްޒަކަށް ބޭނުމެއް ނުވާނެ! https://heerasnews.com/2274 https://heerasnews.com/2274 ވެރިކަމެއް ލިބިގެން މީހަކު އުޅޭނެ އެންމެ ހުތުރުކޮށް އުޅެން ދިމާކުރި ވެރިއަކީ ޑޮކްޓަރ މުއިއްޒެވެ. ސިޔާސީ ގޮތުން ކުޑަވެސް ބާރުވެރިކަމެއް ނެތް އިރުވެސް ގަދަބަސް ބުނާވަރު އެބަފެނެއެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ފުރައްސާރަ ކުރުމާއި ގަދަކަން ދެއްކުމުގައި ބުއްދި އިސްކުރުމުގެ ކަންފުޅެއްވެސް މުއިއްޒުގެ ކިބާގައި ނުވެއެވެ. ވެރިކަމުގެ ގޮނޑީގައި ދެންމެ ދެންމެ ވެއްޓިދާނެ ކަމުގެ ބިރުގައި މޭކަރަކަރާ އިންނަ އިރުވެސް ކަމަކީ ފުއްޕުމެވެ.

    މުއިއްޒަށް ވެރިކަން ލިބުނީ ފޮޓޯގަނޑަކާއި ހުސް ގޮނޑިއެއްގެ ބާރުގައެވެ. މީހެއްގެ ހިޔަނީގައެވެ. އެމީހާ މިއަދު މުއިއްޒާ އެކަކު ނެތެވެ. މުއިއްޒާއެކުގައި ރައިސް ޔާމީނު ނެތަސް ރައީސް ޔާމީނުގެ ހުރިހާ ސަޕޯޓަރުން މުއިއްޒާ އެކުގައި ތިބިއްޔޭ ހީވަނީ ހެއްޔެވެ. އެ މީހުންނެއް މުއިއްޒާ އެކުގައި ނެތެވެ. ބައެއްގެ ތާއީދަކީ ރެއަކަށް އިރު އޮއްސި އަރާއިރަކަށް ބަދަލުވާއެއްޗެއް ނޫނެވެ. ވެރިކަމުގައި ހުރީތީ އެކީގައި ތިބި ގިނަ މީހުންނަކީ ޒާތީ މަސްލަހަތަކަކަށްޓަކާ އެކުގައި ތިބި ބައެކެވެ. ބައެއްގެ ހިތުލޯބި ހޯދަން ލައްކަ ވަގުތު ނަގާނެއެވެ. 

    ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ބޮޑު ޕާޓީއަކާ ޖައްސާލާއިރު އެމީހުންގެ އެންމެ ފުއްޓަތްކަކުން ބުރައިގެން ދާހާ ބަލިކަށިކޮށް ހުރެ ގަދަކަން ދައްކަނީ ތޮބީއަތުގައި ހުންނަ ގޮތް ދޫނުކުރުމާއި ހަރުކަށިކަމާއި ބޮޑާކަމެއްގެ ސަބަބުންކަން އެނގެއެވެ. ރައްޔިތުންނަކަށް ކޮންމެހެން އެއްބާރުލުން ދީގެން މުއިއްޒު ލައްވާ ސަރުކާރު ހިންގުން ލާޒިމެއް ނޫނެވެ. މުއިއްޒު ވެރިކަމަށް އެރުވި ގޮތަށް މުއިއްޒު ވެރިކަމުން ބޭލުމަކީވެސް ރައްޔިތުންނަށް އޮތް އިހުތިޔާރެކެވެ. މުއިއްޒު ނޫނަސް ރާއްޖޭގައި މީހުން އެބަތިއްބެވެ. 

    ރައްޔިތުންގެ މަޖިލީހުގައި މުއިއްޒުގެ ބާރުވެރިކަން ނެތުމުން ބާރު ހޯދަން މުއިއްޒު ކަންކުރާނެ ގޮތް އެންމެނަށް ވެސް އެނގެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަކިބަޔަކު މަޖިލީހަށް ހޮވުމަށް މުއިއްޒަށް ރައްޔިތުން އެއްބާރުލުން ދިނުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ. ރިޝްވަތަށް ފައިސާދީގެން ހަށިވިއްކާ ބަޔަކު ގަނެލީމާ ނިމުނީތާއެވެ. ރައްޔިތުންގެ އެއްބާރުލުން ހޯދާ ވާހަކަ މުއިއްޒު ދެއްކުމުގެ މާނައެއް ނެތެވެ.

    އެހެން ނޫނަސް ރައްޔިތުން ދޭ މެޖޯރިޓީއެއް މުއިއްޒަކަށް ބޭނުމެއް ނުވާނެއެވެ. އަތުގައި މަޖިލީހުގެ އެއްވެސް ބާރެއް ނެތްއިރުވެސް މުއިއްޒު ކުރަނީ ކުރާނެ ކަމެކެވެ. ގާނޫނީ ހަމައަކަށް އުސޫލަކަށް ބެލުމެއް ނެތެވެ. މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް މުއިއްޒަށް ލިބެއްޖެނަމަ ހުދުމުހުތާރު ވުމުގައި މުގާބޭއެއް ނަތަންޔާހޫއެއް ހުވަނދަކަށްވެސް ނުވާނެއެވެ. ހަރުކަށި ހައްދު ފަހަނައެޅި ގައުމިއްޔަތުގައި އަވަށްޓެރި ގައުމުތަކާ ހަނގުރާމަ އިއުލާނު ކުރާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. 

    ]]>
    Mon, 19 Feb 2024 22:13:23 +0500 ނިއުސް ޑެސްކް
    ޝަހީމަށް: މުއިއްޒު އަޒުލު ނުކުރާނެ ގޮތަކީ ނެތްގޮތެއް! https://heerasnews.com/2273 https://heerasnews.com/2273 ގައިރު ގާނޫނީ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ކަރުގެ ހިމަނާރު ބުރިވާނީ ލާހަޅޭކުން އަމިއްލައަށެވެ. ގައިރު ގާނޫނީ ވަޒީރު ކަމެއްގައި ހުރެވޭނީ ކަރުން ނާރުނަގާ ލައްކަ ބާރަށް ހަޅޭ ލައިގެންނެވެ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ މަޖިލީހުގެ ރުހުން ނުލިބުނަސް ވަޒީރު ހެދިގެނެއް މީހަކު ނޫޅޭނެއެވެ. 

    ރައީސަކު މަގާމުން އަޒުލް ކުރަން ރައީސް ކަމުގައި ވަކި ދުވަހެއް ވާކަށް ނުޖެހެއެވެ. ގަމާރަސް ގަމާރުވާން ވާނީ ވަކި ވަރަކަށެވެ. އަޒުލް ނުކުރާކަށް މުއިއްޒު ސަރުކާރުގައި ތިބިއްޔަކީ ކުށުން ހުސްތޯހިރުވެގެން ތިބި ބަޔަކު ނޫނެވެ. އެއްޔަކީ ވެރިކަމަށްޓަކާ މަތިން ބާވާލެއްވި ބައިގަނޑެއް ނޫނެވެ. 

    ރަންކޮޅާ ޝަހީމޫއެވެ. މުއިއްޒު ވެރިކަމަށް އިސްވެހުރީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުންނެވެ. އެ ގާނޫނު އަސާސީގައި ހުރި ހަމަތަކެއް އެޅިގެންނެވެ. ރައީސް ކަމުގައި ހުންނަ މީހަކު އަޒުލުކުރާ ވާހަކަވެސް އޮތީ އެގާނޫނު އަސާސީގައެވެ. ގާނޫނު އަސާސީގައި އެކަން ކުރެވޭ ގޮތް ލިޔެވިފައި އޮއްވާ ޝަހީމު ނުދެކެނީތާއެވެ. 

    ބަލަގަ ކަރުގެ ހިމަނާރު ތަކަކީ ވެރިކަމެއްގައި މީހަކު ދެމި ބެހެއްޓުމަށް ބާރެއް ދޭއެއްޗެއް ނޫނެވެ. ކެނޑޭ ނާރެއް ކެނޑެންވީއެވެ. ޑރ. މުއިއްޒަކީ ދިވެހި ސިންގާ ސަނާގައި 5 އަހަރު ވަންދެން އިންނަން އުޅޭ މީހެއް ނޫނެވެ. ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރަން އުޅޭ މީހަކުނަމަ ރައްޔިތުންގެ އިތުބާރުނެތް ޝަހީމުމެން ކަހަލަ މީހުނަށް ގާނޫނާ ހިލާފަށް ވަޒީރުކަން ދީގެން ވެރިކަން ކުރާކަށް ނޫޅޭނެއެވެ. ރައްޔިތުންގެ މަޖިލީހަށް ޗެލެންޖު ކުރަން ޝަހީމާއި މުއިއްޒަކީ ކޮން ބައެއް ހެއްޔެވެ. 

    ސަރުކާރަށް 100 ދުވަސް ނުވަނީސް ވެރިކަން ފުރޮޅާލަން ބަޔަކު އުޅުނިއްޔާ އުޅޭނީ ވެރިކަން ފުރޮޅާލަން ޖެހޭވަރަށް ވެރިކަން ހަރާބު ވެގެންނެވެ. ރައްޔިތުންގެ ލައްކައަކަށް ވުރެ ގިނަ މީހުނަށް ބަކަރި ހުއިހައްޕާ މީހުނަށް ގޮވި ކަލޭގެއަށް ގާނޫނާ ހިލާފަށް ވަޒީރުކަން ދީގެން އުޅުންވެސް މުއިއްޒު އަޒުލު ކުރުމުގެ ސަބަބަކަށް ފުދެއެވެ. 

    ރައްޔިތުން ވެރިކަމަށް މީހަކު އިންތިހާބު ކުރަނީ 5 އަހަރު ދުވަހު އެމީހަކު ކުރާނެ ކަމެއް ކުރާނެ ގޮތަކަށް ކުރާކަށް ނޫނެވެ. އެކަން އޮތީ އެހެން ކަމަށް ވާނަމަ އަޒުލުގެ ވާހަކައެއް ގާނޫނު އަސާސީއަކު ނުއޮންނާނެއެވެ. ދޮގާ ވަގާ މަކަރާ ހަދައިގެން މުއިއްޒު ވެރިކަން ހޯދި ހޯދުމަކީ ފަސް އަހަރު ވަންދެން ވެރިކަމުގައި ބަހައްޓަން އޮތް ހުއްޖަތެއް ނޫނެވެ. 

    ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ވަޒީރަކަށްވެސް ރައިސަކަށް ވެސް މަގާމުގައި ދެމިއެއް ނުހުރެވޭނެއެވެ. އަމްދުން މުއިއްޒަކީ ރައްޔިތުންގެ އިތުބާރު ގެއްލިފަިވާ މީހެކެވެ. މުއިއްޒާ މެދު ރައްޔިތުންގެ އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް މިއަދު ވޯޓެއް ނެގިޔަސް މުއިއްޒަށް ރައްޔިތުންގެ އިތުބާރު ނެތްކަން ސާފުވާނެއެވެ. 

    މިހާރުން މިހާރަށްވެސް ރިޝްވަތުގެކުށް މުއިއްޒަށް ސާބިތުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ބަޔަކު ގާނޫނު އަސާސީއާއި ހިލާފަށް ވަޒީރުންގެ މަޖިލީހުގައި ގެންގުޅުމުގެ ސަބަބުން ހުވައާއި ހިލާފު ވުމުގެކުށް ސާބިތުވާނެއެވެ. ފަސްޓްލޭޑީގެ އިނާޔަތް އަނބިމީހާއަށް ހޯދާދެމުން ގާނޫނާ ހިލާފަށް ސިވިލް ސާރވިސްއިން އަނބިމީހާއަށް ނޯޕޭލީވް ދީގެން ކޮންޓްރެކްޓް އުސޫލުން ސިވިލް ސާރވިސްއިން އިނާޔަތް ހޯދާދޭތީ މަގާމުގެ ނާޖާއިޒު ފައިދާ ވަކިމީހަކަށް ހޯދާ ދިނުމުގެ ކުށް މުއިއްޒުގެ މައްޗަށް ސާބިތުވާނެއެވެ. ވަކިވަކިން މިޒާތުގެ ކަންކަން ލިސްޓްކޮށްލައިފިއްޔާ ކޮޅުން ނުލާހާ ގިނައެވެ. މިވަރުގެ މީހަކު ވެރިކަމުގައި ފަސް އަހަރު ވަންދެން ބަހައްޓައިފިއްޔާ ގައުމަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ވާނެއެވެ. 

    ޝަހީމުމެންގެ ކަރުގެ ކުދިނާރުތައް ކިއްކުރަން ހެއްޔެވެ. ފަލަނާރުތައް ޅިޔައެޅި ބުރިބުރި ވިޔަސް މުއިއްޒު އަޒުލު ނުކުރާނެ ގޮތަކީ ހަމަ ނެތްގޮތެކެވެ. ސަލާމަތް ބޭނުމިއްޔާ ގައިރު ގާނޫނީ ވަޒީރުކަމުން ޝަހީމުވެސް ޖެހޭނީ އެއްފަރާތް ވާށެވެ. 

    ]]>
    Mon, 19 Feb 2024 17:18:06 +0500 ނިއުސް ޑެސްކް
    ކިރާމަހަށް އަގުނުދީ ލިބޭ ފައިސާއަށް ހަދަނީ ކިހިނެތް! https://heerasnews.com/2272 https://heerasnews.com/2272 މަސްވެރިންގެ އަތުން މިފްކޯއަށް ގަތްމަހަށް އެންމެ ފަހުން ފައިސާ ލިބިފައިވަނީ ހުސްވިއަހަރުގެ ނޮވެންބަރ 17 ގެ ކުރިން ކަމަށް މަސްވެރިން މައުލޫމާތުދެއެވެ. އޭގެ މާނައަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލު ވީއްސުރެ މަސްވެރިންނަށް މަހުގެ އަގުދީފައެއް ނުވެއެވެ. މުއިއްޒު ސަރުކާރަށް ވީފަހުން ބައެއް މަސްވެރިންނަށް ކޮންމެވެސް ވަރަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ކަން ކޮންމެ ހެނެއް އޮތަސް މަސް ކިރުވުމަށްފަހު ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ނުދީ އޮތްކަމާމެދު ބަހުސެއް ނެތެވެ. މަސްވެރިންނަށް އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭތާ ދެ މަސް ދުވަހަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މަސްވެރި އާއިލާތައް ހާލުގައިޖެހި ކެތް ނުކުރެވިގެން މުޒާހަރާއަށް މިހާރު އެއޮތީ ނިކުމެއެވެ.

    މަސްވެރިން އެދިގޮވަނީ ލަސްނުކޮށް ސަރުކާރުން ކިރުވާފައިވާ މަހަށް އަގު ދިނުމަށެވެ. މަސްވެރިކަމާ ބެހޭ މިނިސްޓަރު ޝިޔާމް އެދެނީ ވަގުތު ކޮޅަކަށެވެ. މަސްވެެރި އާއިލާތަކަށް ނިކަމެތިކަމެއް ނާންނާނެކަށް ބުނަމުން މިނިސްޓަރ ޝިޔާމު އެދެނީ "ހަމަ ކުޑަ ވަގުތުކޮޅެއް" މަސްވެރިން ދިނުމަށެވެ. އަންނަ މަހުގެ ފަހަކާއި ހަމައަށް ވަގުތު ދިނުމަށެވެ. އެހެންނަމަވެސް މަސްވެރިން ތިބީ ސަރުކާރުގެ ބަހަށް ހެއްލި އިތުބާރު ކުރާގޮތަކަށް ނޫނެވެ. މަސްވެރިން ބުނަނީ ވަގުތު ދެވިއްޖެ ކަމަށެވެ. މާރޗް 5 އަންނަންދެން މަޑުނުކޮށް މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށް މަސްވެރިން ބުނެއެވެ.

    މަސްވެރިން މުޒާހަރާ ކުރަނީ މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިޔަން ރުފިޔާ ނުދީ ލަސްވާތީއެވެ. މަސްވެރިން ކުރި ހަލާލު މަސައްކަތަށް ލިބެންޖެހޭ ފައިސާ ނުލިބިގެންނެވެ. މަސްވެރިން ދަރާވިކި ކާބޯތަކެތި ނުލިބި ފެނާއި ކަރަންޓް ނުލިބޭ ހިސާބަށް މަސްވެރި އާއިލާތަކުގެ ހާލަތު ދަށަށް ދިޔުމުންނެވެ. މަސްވެރިން މުޒާހަރާ ކުރަނީ އެ މީހުންގެ ހައްގު ހަލާލު އެއްޗެއް ހޯދާށެވެ. ސަރުކާރުގެ ހެޔޮފުޅު ކަމުން ދޭއެއްޗެއް ނުދީގެނެއް ނޫނެވެ. 

    ދިވެހިރައްޖޭގެ ބޭންކުތަކާއި ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއާ އެކީގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް ވަޒީރު ބުނީމާ އުފެދޭ ސުވާލު ވަރަށްވެސް ބޮޑެވެ. މާރޗް 5 ގެކުރިން ފައިސާ ދައްކާ ނިންމާނެ ކަމަށް މިނިސްޓަރަށް ބުނަން ކެރެނީ އެހެން ވެގެން ކަމަށް މިނިސްޓަރު ބުނީމާ ހައިރާންވެއެވެ. 

    މަސްވެރިން އަތުން ސަރުކާރަށް ކިރުވި ހުރިހާ މަހަކަށް ހެދީ ކިހިނެއް ހެއްޔެވެ. އެހުރިހާ މަހުން އެންމެ ޓަނެއްގެ މަސް ވެސް ނުވިކެނީ ހެއްޔެވެ. މަސްވެރިންގެ އަތުން ކިރިމަހަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ސަރުކާރުން އެހުރިހާ މަސްވިއްކައިގެން ހޯދިހާ ފައިސާއަށް ހެދީ ކިހިނެއް ހެއްޔެވެ. މަސް ވިއްކައިގެން ހޯދި ފައިސާއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އެފައިސާ ހަރަދުކުރީ ކޮންކަމަކަށް ކީއްވެހެއްޔެވެ. ހައްތަހާވެސް ސުވާލެވެ.

    މަސްވެރިން ކިރުވި މަސް ވިއްކައިގެން އެއްވެސް ފައިސާއެއް ނުލިބި މަސްތައް ގުދަން ކުރެވިފައި ހުރީހެއްޔެވެ. ދުނިޔޭގެ ބާޒާރަށް މަސްތައް ގެންދިޔުމަށް އަރުވައިގެން ދިޔަ ބޯޓުތައް ފެތުނީ ހެއްޔެވެ. ނޫނީ ކަނޑުފޭރޭ ބަޔަކު ފޭރުނީ ހެއްޔެވެ. ވައިގެމަގުން އުފުލަނިކޮށް ބޯޓުތައް ވެއްޓުނީހެއްޔެވެ. ނޫނީ މަސްވިއްކައިގެން ލިބުނުހާ ފައިސާ ދައުލަތުން ބަޔަކު ދަވާލީހެއްޔެވެ. މަސްވެރިން ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ސަރުކާރުން ރާވައިގެން ޓަކައިގަތީ ތާއެވެ. މަސް ކިރުވާހެން އޭގެ އަގުދޭން ޖެހޭނެކަން ސަރުކާރަށް ނޭނގެނީތާއެވެ.

    މަސްވެރިން މިފްކޯއަށް މަސްކިރަނީ ހިލޭ ސާބަހަކަށް ނޫނެވެ. މަސްވެރިން ސަރުކާރަށް ކިރާމަސް ވިއްކައިގެން ސަރުކާރަށް މަހުގެ އަގު ލިބޭނެއެވެ. މަސްވިއްކައިގެން ލިބޭ ފައިސާ ސަރުކާރުގައި ނެތިގެން އުޅުމަކީ ސީރިއަސް މައްސަލައެކެވެ. މަސްވެރިން ކިރާމަހަށް އަގުދޭން މަސްވިސްކައިގެން ލިބޭ ފައިސާ ހުންނާނެއެވެ. އެ ފައިސާ ނެތިގެން ދިވެހިރައްޖޭގެ ބޭންކުތަކާއި ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއާ އެކީގައި ޝިޔާމް ކުރަން އޮތީ ކޮން މަސައްކަތެއް ހެއްޔެވެ. 

    ]]>
    Mon, 19 Feb 2024 15:09:37 +0500 ނިއުސް ޑެސްކް
    ކުރިއަށް އޮތީ ދުވަސް ނުފުރާ ބައިގެންދިޔުން؟! https://heerasnews.com/2271 https://heerasnews.com/2271 ވެރިކަމެއްގެ މިހާ ކުރީކޮޅު ރައްޔިތުންގެ އުންމީދު ކެނޑުނު ސަރުކާރެއް މިނޫނީ ދިވެހިން ނުދެކެއެވެ. ވޯޓުދިން ގިނަ މީހުންނާއި ވޯޓުނުދިން އެންމެންހެން ތިބީ މާޔޫސްވެ ގޮތް ހުސްވެފައެވެ. ހަމައެހެން މުއިއްޒު ސަރުކާރުން ސިޔާސީ މަގާމު ލިބުނު ގިނަ މީހުން ވެސް ތިބީ ވާނުވާގައެވެ. ހާސްކަމާ ކަންބޮޑުވުމުގައެވެ. ސިޔާސީ މަގާމު ހޯދުނު މޮޔަ ހީވެގެން އުޅޭ ކިތަންމެ ބަޔަކު އެބައުޅެއެވެ. އެމީހުންވެސް ރަނގަޅު މުސާރައެއް ލިބޭތީ މަޑުކޮށްލައިގެން ވާނުވާގައި ތިބީއެވެ.

    އެކަމަކު ހަފްތާ 14ގެ ވައުދުތައް ފުއްދިގެން ސަރުކާރުގެ ވެރިން އުފަލުން ފޮޅެނީއެވެ. ނަށާ ލަވަކިޔަނީއެވެ. ރައްޔިތަކަށް ހިލަމެއްނުވެއެވެ. ބަދަލެއްގެ ހެޔޮ އުހުސާސެއް އާއްމު ރައްޔިތަކަށް ނުކުރެވެއެވެ. ވާނީ އެހެންތާއެވެ. ހަފްތާގައި ހުރީ ފަށާނަން ފަށަނަން ކުރާނަން ކުރާނަން ކަމުގެ ވައުދެވެ. ކުރިންނެއް މިނިސްޓްރީތަކެއް އުފައްދާ އެތަންތަނާ މަސައްކަތް ހަވާލު ކުރުންވެސް ވީ ފުދުނު ފިސާރި ބޮޑު ވައުދަކަށެވެ. އިންޑިެާ ސިފައިން ބޭލުމުގެ ވާހަކަ ދައްކާ ލެވުމަކީ ސިފައިން ބޭލުމުގެ ވައުދު ފުދުމެވެ. ނަތީޖާއެއް ނެރެދެވޭ ރައްޔިތަކަށް ލުޔެއް ލިބޭ ކަމެއް ހަފްތާ ސާދައަކުން ނުފުދުނެވެ. އެކަމަކު ވައުދުތައް ފުދި ނިމިއްޖެއެވެ.

    ގިބަޔކު އެބަބުނެއެވެ. މިއީ ކޮންކަހަލަ ވެރިކަމެއްހެއްޔެވެ. ރައްޔިތުން ގަނަ ނުތަޅުވާ ވަކިކަމެއް ނެތެވެ. ފުވައްމުލަކާއި ދުވާފަރުގައި ރޮއެހޭރުނީ ކަރަންޓު ނުލިބިގެންނެވެ. އައްޑުއާއި ނައިފަރުގައި ފެން ނުލިބުމުގެ މައްސަލައެވެ. މާލޭއިން އިރުއިރުކޮޅުން ކަރަންޓް ކެނޑެއެވެ.

    މަސްވެރިން އުޅެނީ ކިރިމަހަށް ފައިސާ ނުލިބިގެންނެވެ. މާލޭގައި އެއްޔަކު އުޅެނީ ފުލެޓުވެރިންގެ ފުލެޓު ފޭރިގެންނެވެ. ބިންވެރިންގެ ބިންތައް ފޭރި ގަނެގެންނެވެ. ފަށާފައި ހުރި މަސައްކަތްތައް ނުނިމިގެން ރަށްރަށު މީހުން ތިބީ ރަތަށް އަރާފައެވެ. ތައުލީމީ އަހަރު ކުރުކޮށްލައިގެން ބެލެނިވެރިން ތިބީ ކޮށިއަރާފައެވެ. އާސަންދަ ނުލިބިގެން އަނެއްބަޔަކު މަރަށް ތެޅެނީއެވެ. 

    ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ތިބީ މުދާ ނުގެނެވިފައެވެ. ރަށްރަށުގެ ވަޒީފާތަކުން ނިކަމެތިން ކެނޑުމާ ސަސްޕެންޑް ކުރަމުން ސިޔާސީ މަގާމް ތަކަށް މީހުން އިސްކޮށް ބަރާ ކުރަނީއެވެ. ނޫސްތައް ބްލޮކްކޮށް ފިޔަވަޅު އަޅަނީއެވެ. ރިސޯޓްތަކަށް ބޭރުން މުއައްޒަފުން ގެނެސް ދިވެހިން ބާކީ ކޮށްލަނީއެވެ. ދެލައްކަ އެއްހާ ބަންގާޅީން ރާއްޖޭގައި އުޅޭ އިރު ލައްކަ ހަމަނުވާކަމަށް ހަދައިގެން ބަންގާޅީން އެތެރެކޮށް ވަގުފާރި ފުޅާކުރަނީއެވެ. ހަށިވިއްކުން ފަތުއަޑުކިޔާފައެވެ.

    ހާމަ ކުރާން ބުނި އެގްރިމަންޓްތައް ބޮޑު ފޮއްޓަށްލާ ސިއްރު ކުރަނީއެވެ. ބަދަލު ދިނުމުގެ އުސޫލު އޮވާލާ މިލިއަނުން ގާސިމު މެނަށް ބަދަލު ދެނީއެވެ. ސިފައިނާއި ފުލުހުންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުން އޮތީ އިބިލީހު ކައިވެންޏަށް ވެފައެވެ. އަންހެނުން ބާރުކުރުވަން ވެގެން މަޖިލީހަށް ވާދަކުރަން ޓިކެޓް ދިނީ ދެ އަންހެނުންނަށެވެ. މިހެން ކިޔާ ކޮޅުން ލާކަށް ނެތެވެ. އެންމެ ފަހުން ވެރިކަމަށް ފަސްމަސް ނުވަނީސް ބައިގެންދާން ތައްޔާރުވަނީއެވެ. ގައުމު ބަޑަށް ޖެހުމުގެ ރަގަބީލުގެ އަޑުން ގުގުމަނީއެވެ.  

    ހަމަތެދެކެވެ. މުއިއްޒު ވެރިކަމަށް ގެންނަން ވޯޓުދިން ގިނަ މީހުން ތިބީ ވޯޓު ދެވުނު މޮޔަ ހީވެފައެވެ. އުންމީދުކުރި އެއްކަމެއްވެސް ނުވާތީއެވެ. ހެދިހާ ދޮގު ގަބޫލު ކުރެވިގެން ވޯޓު ދެވުނީތީ ހިތާމަކުރާ މީހުން މަދެއް ނޫނެވެ. ގެނެވުނު ބަދަލާމެދު ގިނަ ރައްޔިތުންގެ މާޔޫސްކަން އިންތިހާއެވެ. ކޮންމެހެނެއް ވިޔަސް ދޮގާވަގާ މަކަރުން މުއިއްޒު ވަނީ ވެރިކަން ހޯދާފައެވެ. ކުރިއަށް އޮތީ ދުވަސްނުފުރާ ބައިގެންދިޔުމެވެ. 

    ]]>
    Mon, 19 Feb 2024 05:33:36 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ ވެރިކަމަށް ގުރުބާންކުރާ ގުރުބާން ކަންބަޅި! https://heerasnews.com/2270 https://heerasnews.com/2270 މުއިއްޒު ވެރިކަމަށް އައުމަށް ގުރުބާން ކުރީ ބިޔަ ބޮޑު ޕީޕީއެމާއި ރައީސް ޔާމީނެވެ. މިނިވަން ކުރަން ނިކުތް ރައީސް ޔާމީނުގެ ކިބައިން މިނިވަންކުރީ ޕީޕީއެމެވެ. ޕިޕީއެމުގެ އަތްދަށުން މިނިވަން ކުރީ ރާއްޖޭގެ ރިޔާސަތެވެ. ރިޔާސަތުގައި ޕީޕީއެމަށް ނިސްބަތްވާ މީހަކު ނެތެވެ. ރައިސް މުއިއްޒުގެ މިނިވަން ކުރުންގަނޑު ކިހާ ފައްކާ ހެއްޔެވެ.

    ރައީސް މުއިއްޒު މިހާރު ފައިވިއްދާފައި އެހުރީ ޕީޕީއެމްގެ ކިބައިން ރައްޔިތުންގެ މަޖިލިސް މިނިވަން ކުރާށެވެ. ދެ ނައިބު ރައީސުންނާއި ކައުންސިލް (ސެނެޓް) ހިސޯރު ކޮށްގެން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕިއެމުން ވާދަ ކުރިޔަ ނުދީ ޕީޕީއެމްގެ ކިބައިން މަޖިލިސް މިނިވަން ކުރަނީއެވެ.

    މަޖިލީހުގެ ގޮނޑިތަކަށް މުއިއްޒުގެ މީހުން ހޮވުމަށް ޕީޕީއެމްގެ ބޮޑު އާބާދީ ބޭނުން ކުރަނީ ޕީޕީއެމް މެންބަރުންނަށް އެ މީހުންގެ ނަމުގައި މެންބަރަކު ވާދަކުރާނެ އެއްވެސް ފުރުސަތެއް ނުދިއެވެ. މުއިއްޒު މަޖިލީހުގެ ގޮނޑިތައް ހޯދަން ވޯޓު ހޯދާށާއި ބަޖެޓުން ސިޔާސީ ޕާޓީ ތަކަށްދޭ ފައިސާ ހޯދަން އޮތް ކިރުފެލާ ގެރިއަކަށް ބޮޑު ބިޔަ ޕީޕީއެމް ވަނީ ކޮން މަސްބުރިއަކަށް ހަދާފައެވެ. 

    ޕްރޮގްރަސިވް ކޯލިޝަނުން މަޖިލީހަށް ކުރިމަތިލުމަށް ޕީޕީއެމަށް ފުރުސަތު ނުދީ ކޯލިޝަނުން ވާދަކުރާ އެންމެންނަކީ ޕީއެންސީ ކެންޑިޑޭޓުންނަށް ހެދިއެވެ. މަޖިލިސް ޕްރައިމަރީ އޮތީ ދެޕާޓީ އެއްކޮށް ޕީއެންސީގެ ޓިކެޓް ދޭށެވެ. ކަންކަން ވާގޮތް ދެކޭށެވެ.

    ޕްރައިމަރީގައި ޕީއެންސީ ޓިކެޓް ލިބުނު އެންމެންނަކީ މުއިއްޒުގެ މީހުންނަކަށް ނުވެއެވެ. ޕީއެންސީ ޓިކެޓް ލިބުނު ޕީޕީއެމް ގިނަ މީހުންނަކީ ރައީސް ޔާމީނުގެ ވަފާތެރިން ކަމުގެ ތުހުމަތު މުއިއްޒަށް ކުރެވުނީއެވެ. ދެނަކާ ދެނެއް ނެތެވެ.

    ޕީއެންސީ ޓިކެޓް ލިބުނު ގިނަ މީހުންނާ ދެކޮޅަށް ގިނަ ދާއިރާތަކަށް މުއިއްޒު ވަނީ އޭނާގެ މީހުން ނެރެފައެވެ. ގިނަ ދާއިރާ ތަކަށް އަދުރޭގެ މީހަކާއި މުއިއްޒު މީހަކާއި މެޑަމްގެ މީހަކު އަމިއްލަ ގޮތުން ނެރެފައި ތިބިކަމަށް މީހުން ގަބޫލު ކުރެއެވެ. ކޯލިޝަނުގެ ފަރާތުން ޕީއެންސީގެ ޓިކެޓްގައި މީހަކު ނެރެފައި ހުއްޓާ މުއިއްޒުގެ މީހުންނާއި އަދުރޭގެ މީހުންނާ މެޑަމްގެ މީހުން ނެރުމުގައި ހުރި ސިޔާސީ ވިސްނުމުގެ ހޮޅިކަން ސާފެވެ.

    ކިރިޔާވެސް ޕީޕީއެމަށް ނިސްބަތްވާ މީހަކު މަޖިލީހަށް ވަނަ ނުދިނުމަކީ މުއިއްޒުގެ ބޭނުމެވެ. ޕީޕީއެމް މީހުންނަކީ ރައީސް ޔާމީނުގެ މީހުން ކަމަށް ބަލައިގެން ކޮންމެ ދާއިރާއަކަށް މުއިއްޒުގެ މީހުންގެ ނަމުގައި މީހުން ނެރެގެން ގަނޑުކޮށް އޮތް ޕްރޮގްރަސިވް ކޯލިޝަން ވަނީ މުޅިން ރޫޅާލާފައެވެ. ގަނޑު ރޫޅުނަސް މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރިޔަ ނުދިނުން ނޫން އެހެން އެއްވެސް ބޭނުމެއް ހަގީގަތުގައި މުއިއްޒުގެ ނެތެވެ. 

    ނަތީޖާއެއްގެ ގޮތުން ވެރިކަން ބަދަލު ކުރެވިއްޖެ ކަމުގެ އުފާ ލިބިގަންނަން އޮތް ޕްރޮގްރަސިވް ކޯލިޝަނުގެ ތެރެއިން ފެންނަނީ ނާމާންކަމާއި ދެކޮޅުވެރިކާމާއި އުންމީދު ކެނޑުމެވެ. ބައިބައިވުމެވެ. މަގުމަތީގައި ފަސްއަހރު ގުރުބާންވީ މީހުން ބާކީވެ ލޯނުދެކޭ ބައެއްގެ ގޮނޑިކޮއްކޮ އަކަށް މުއިއްޒުވެގެން ދުޔަތަނެވެ. މުއިއްޒުގެ "ވާނެ ވާނެ" އަކީ ނުވާނެ ކަމުގެ ދަލީލެއް ކަމަށް އެންމެން ވެސް ގަބޫލު ކޮށްފިއެވެ. މުއިއްޒަށް ޕީޕީއެމުން ކުރި އުންމީދާ އިތުބާރު ގެއްލިއްޖެއެވެ.

    ]]>
    Sun, 18 Feb 2024 17:30:12 +0500 ނިއުސް ޑެސްކް
    އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު https://heerasnews.com/2269 https://heerasnews.com/2269 ރާއްޖެ ދުށް އެންމެ ކާމިޔާބު ޑިޕްލޮމޭޓް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުމަކީ އެމްޑީޕީގެ ކުރިމަގު އުޖާލާކަން ރަމްޒުކޮށްދޭ ކަމެކެވެ. އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވަފައިވާ ބޭފުޅަކު އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވުމަކީ އެމްޑީޕީއަކީ ދުނިޔެ ގަބޫލުކުރާ ޑިމޮކްރެޓިކް މުއައްސަސާއަކަށް ވެގެން ދިޔަ ކަމެކެވެ. 

    ރާއްޖޭގެ ހާރިޖީ ވަޒީރުކަން އެއްފަހަރަށްވުރެ ގިނަ ފަހަރު ކުރައްވަފައިވާ އޮނަރަބަލް އަބްދުއްލާ ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް ނިކުންނެވުމަކީ ހެޔޮފާލެކެވެ. އޮނަރަބަލް ޝާހިދަކީ ދޫފުޅު ފަސޭހަ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ.

    އާރާ ބާރުގެ ގޮތުން ކުޑަކުޑަ ދިވެހިރާއްޖެއަށް އދ މަޖިލީހުގެ ރައީސްކަން ލިބުނީ ހަމަ ހުރެފައެއް ނޫނެވެ. އޮނަރަބަލް ޝާހިދުގެ ހިކުމަތްތެރިކަމާއި ވިސްނުންފުޅުގެ ތޫނު ކަމުންނެވެ. މިވަގުތަކީ އެމްޑީޕީއަށް އެފަދަ ހިކުމަތްތެރި ސިކުނޑިއަކަށް ބޭނުން ވެފައިވާ ހައްސާސް ވަގުތެކެވެ. ބައިނަލް އަގުވާމީ ގުޅުންތައް ވަރުގަދަކޮށް ހަރުދަނާ ސިޔާސީ ލީޑަރޝިޕަކަށް އިންތިހާއަށް ބޭނުންވެފައިވާ ވަގުތެކެވެ.

    ރައީސް ސޯލިހުގެ ކެތްތެރި ދުރުވިސްނޭ ސިޔާސަތު ދެމެހެއްޓެވުމުގައި ދެގޮތެއްނުވެ އެމަނިކުފާނު އަރިހުގައި ހުންނެވި އެންމެ ވަރުގަދަ އެއް ފަހުލަވާނަކީ އޮނަރަބަލް ޝާހިދެވެ. ޒުވާން އުމުރުފުޅުއްސުރެ މިއަދާ ހަމައަށްވެސް ގައުމީ ހިދުމަތުގައި ދެގޮތެއްނުވެ ދެމިހުންނެވި އޮނަރަބަލް ޝާހިދަކީ އެމްޑީޕީއަށް އައު ބޭފުޅެއް ނޫނެވެ. 

    ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ސިޔާސީ ތަޖުރިބާއިން ލާފުރާ ފުރިހަމަވެފައިވާ އެންމެ ކާމިޔާބު އެއް ދިވެއްސަކީ އޮނަރަބަލް ޝާހިދެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ވަޒީރުކަމަކީ އެ މަނިކުފާނަށް އައު ކަންކަމެއް ނޫނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ދުނިޔޭގެ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެހެން ދިވެއްސަކު ރާއްޖޭގެ ތާރީހު އަދި ދެކިފައެއް ނެތެވެ.  

    އެމްޑީޕީގެ ރައީސް ކަމަށް ވާދަ ކުރައްވާކަމަށް އޮނަރަބަލް ޝާހިދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެ އެމްޑީޕީގެ އާއްމު މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ "އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެދިމާލަކުން މިއަދު މިއޮތީ ފެންނަން" ކަމަށެވެ. 

    އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުސަތު ހުޅުވިފައިވަނީ ފެބްރުއަރީ 20، 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ. 

    ]]>
    Sun, 18 Feb 2024 14:38:10 +0500 ނިއުސް ޑެސްކް
    ގައުމު ބަނޑަށް ނުޖައްސާ ފައިބާނީތަ! https://heerasnews.com/2268 https://heerasnews.com/2268 ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލެނީ ބަޔަކު ދައްކާ ވާހަކަ އަކުން ނޫނެވެ. ސަރުކާރުން ކަންކުރާ ގޮތުންނެވެ. ރައީސް މުއިއްޒު ދައްކާ ވާހަކައިންނެވެ. ކަނޑާ ފޮނިންނެވެ. ބުރުވާ އަޅިންނެވެ. ޖަހާ އުނބުންނެވެ.

    އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތެއް ކުރަމުން ދާނަމަ އެކަމަކަށް މީހަކު ހުރަސް އަޅާކަށް ނޫޅެއެވެ. މީސް މީޑިއާގައިވެސް އެހެންތާކުވެސް ނެތް ހާލަތެއްގެ ވާހަކައެއް ނުދައްކައެވެ. ހަގީގަތާ ހިލާފު ވާހަކަ ތަކެއް ވެސް ނުފަތުރައެވެ. ސަރުކާރެއް ކަމަކު ރައްޔިތުންނަށް އޮޅުވާލައިގެން ވަގާ ދޮގާ ހަދައިގެން ރައްޔިތުން ވާވެއްދޭ ވަރަށްވުރެ ހޭލުންތެރި ވާނުވާ އެނގޭ މީހުން ބައިވަރު އެބަތިއްބެވެ. 

    އާނއެކެވެ. ރާއްޖެއަށް މާލީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ކުރިމަތި ވެފައިވާ މާލީ މައްސަލަތަކުގެ ވާހަކަ އެންމެ ބާރަށް ދެއްކީވެސް މުއިއްޒެވެ. ދަރަނިން ބޯހިކެން ނެތް ވާހަކައާއި ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުން ދާކަމަށް ބުނީވެސް މުއިއްޒެވެ. ވެރިކަމުގެ ހުވާކުރުމަށް ފަހު ރައްޔިތުންނާ މުހާތަބުކޮށް ދެއްކިވާހަކަ އެއޮތީ ދިމާލަށް ފެންނާށެވެ. މުއިއްޒު ސަރުކާރާއި ރައްޔިތުންނަށް ހިދުމަތް ދިނުމާ ދެމެދުގައިވެސް އޮތް ހުރަހަކީ އިގްތިސޯދީ ފުންވަޅުގަނޑެއް ކަމަށް އަނގަފުރާފައި ބުނީވެސް މުއިއްޒެވެ. 

    ސަރުކާރުގެ މަތި ބަރު ނުކުރާނެ ކަމަށް ބުނެ 50އަށް ވުރެ ގިނަ ވަޒީރުންނާއި 100 އެއްހާ ސްޓޭޓް މިނިސްޓަރުންނާއި 200 ވަރަކަށް ޑެޕިއުޓީ މިނިސްޓަރުންނާއި އެތައްސަތޭކަ ޕޮލިޓިކަލް ޑައިރެކްޓަރުން ނުލާ ސަރުކާރު ހިންގޭ ކަމަކަށް މުއިއްޒަކަށް ނުވެއެވެ. ދާއިރާގެ ރޮގުން މައުލޫމާތާއި އިލްމާ މާލީ ތަޖުރިބާނެތް އެތައް ބަޔަކަށް ސަރުކާރު ކުންފުނިތަކުގެ އެމްޑީކަމާއި އިސް މަގާމުތައް ދީގެން ހަންޑި ހައްލަނީ ވެސް މުއިއްޒެވެ.

    22 ވުޒާރާ ހަދައިގެން އެއާއި ވާވަރަށް މުއައްޒަފުން ލައިގެން ސިވިލް ސާވިސް މުއައްޒަފުންގެ މުސާރަތައް ބޮޑުކުރާ ވާހަކަ ދައްކަނީ މުއިއްޒެވެ. މުއިއްޒުގެ އަންހެނުނަށް ފަސްޓްލޭޑީގެ އެލަވަންސް ނަގަމުން ސިވިލް ސާވިސްއިން ގާނޫނާ ހިލާފަށް ކޮންޓްރެކްޓް ދީގެންވެސް ފައިސާ ހޯދަނީ މުއިއްޒެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ ޑަބަލް ކުރަން ވައުދުވީ މުއިއްޒެވެ. ފަނޑިޔާރުންގެ މުސާރަ ތިން ގުނަ ކުރާނެ ވާހަކަ ބުނީ ވެސް މުއިއްޒެވެ. 

    ރާއްޖޭގައި ދުވަހަކު ފާސް ނުކުރާ ވަރުގެ ބަޖެޓެއް ހުށަހަޅައިގެން ފާސް ކުރުވީ މުއިއްޒެވެ. 50 ބިލިޔަނާ ކައިރިކުރާ ބޮޑު ބަޖެޓުން ބޭރުން މިލިޔަން މިލިޔަނުން ހަރަދުވާނެ އެތައް ކަމެއް ކުރަން ވައުދު ވަމުން ދަނީ މުއިއްޒެވެ. ބަޖެޓުގައި ނެތް އެއަރޕޯޓުތަކާއި ބުރިޖުތަކާއި ޓަނަލްތައް އަޅަން ވައުދުވަނީ މުއިއްޒެވެ. ހުޅުމާލޭ ހަލިމަގު ހޭޅީގައި ހުރި ސޯލަރ ހަރުތައް އެތައް މިލިޔަން ޑޮލަރެއް ހޭދަކޮށްގެން އެހެން ރަށަކަށް ބަދަލު ކުރަން ވައުދުވީ މުއިއްޒެވެ. ހިޔާފްލެޓްގައި 200 މިލިޔަން ހަރަދުކޮށްގެން ލިފްޓް ހަރުކުރަން ބުނީ މުއިއްޒެވެ. ކޮންމެ ހިޔާ ޓަވަރަކަށް ދެލައްކަ ރުފިޔާ ދޭން ނިންމީ މުއިއްޒެވެ. ވިނަރެސް ފްލެޓް ތަކުގެ އަގު ތިރިކޮށް ހުޅުމާލޭގައި ހުރި އެހެން ސޯސަލް ހައުސް ތަކުގެ އަގުން %20 ދަށް ކުރަން ބުނީ މުއިއްޒެވެ. މިހެން ކިޔާފާ ނުކިޔާނެ ކަމެއް ނެތެވެ. އެތައް ބިލިޔަން ރުފިޔާ ސިޔާސީ ބޭނުމަށް ތަޅާލަން މުއިއްޒަކަށް މާބޮޑު ކަމަކަށް ނުވެއެވެ.

    ބަދަލު ދިނުމުގެ އުސޫލު ބާތިލުކޮށް ނެތް އުސޫލެއްގެ ތެރެއިން ސިޔާސީ ބޭނުމުގައި 130 މިލިޔަން ރުފިޔާ ގާސިމް އިބްރާހީމަށް ބަދަލުގެ ގޮތުގައި ދިނީ މުއިއްޒެވެ. ވަޒީރު ބޭފުޅުން ދުއްވަން އެތައް ސަތޭކަ މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ކާރުކޮޅު ތަކެއް އެތެރެ ކުރީ މުއިއްޒެވެ. ހުވާކޮށްލަން 23 މިލިޔަން ރުފިޔާ ބޭކާރުކޮށްލާ ގަނޑުވަރަށް ބަދަލުވާން ސާޅިހަކަށް މިލޔަން ރުފިޔާ މިވީ ކުޑަ ދުވަސްކޮޅު ހަރަދު ކޮށްލައިފިއެވެ. ބޮޑެތި ފައުޖުތައް ގޮވައިގެން ދައުލަތުގެ ހަރަދުގައި ރާއްޖޭން ބޭރަށް ދަތުރުކޮށް އެތައް މިލިޔަން ރުފިޔާއެއް އިސްރާފު ކޮށްލައިފިއެވެ. ނައިބު ރައީސް ރާއްޖޭގައި ހުއްޓި ނުހުރެ ދުނިޔޭގައި އުދުހެނީއެވެ. އަންދާ ހުލި ކުރަމުން އެދަނީ މިލިޔަނުން ދައުލަތުގެ ފައިސާއެވެ.

    އިގްތިސޯދު ކޮޅަށް ޖަހަން އުޅޭ ބައެއްގެ ފަރާތުން މިހުރިއްޔަކީ ފެންނާނެ ކަންކަމެއް ނޫނެވެ. އާމްދަނި އިތުރު ކުރަން ވިސްނަނީ ރައްޔިތުން ފެލައިގެންނެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ދައުލަތުގައި ފައިސާއެއް ނުހުރެއެވެ. ހުންނަ ކަމަކަށް ނުވެސް ހަދައެވެ. ކުރިއަށް އޮތް ދުވަސްތަކަކީ ދަތި އުދަނގޫ ދުވަސް ތަކަކަށް ވާނެކަމަށް ބުނީވެސް މުއިއްޒުގެ ދުލުންނެވެ. ރައްޔިތުންނަށް ކަމެއް ކޮށްނުދިނުމުގެ ބަހަނާގައޭ ނުބުނެވޭ ވަރެއް ނޫނެވެ. އެކަމަކު ގޯސް މިވަނީ އެވާހަކަ ދައްކާ މީހުންނެވެ. 

    އަވައްޓެރިކަމާއި ބައިނަލްއަގުވާމީ ގުޅުމަކީ މުއިއްޒު ދަންނަ ކަމެއް ނޫނެވެ. ބަޖެޓް ސަޕޯޓްގެ ގޮތުގައި ރާއްޖެއަށް ފައިސާ ދޭނެ ބަޔަކު މިހާރަކު ނެތެވެ. އެންމެ ބަދަހި ގުޅުމެއް ބާއްވަން އުޅޭ ޗައިނާއިން ވެސް ފައިސާ ދޭން ބޭނުންވަނީ ޕްރޮޖެކްޓް ތަކަށެވެ. ހިލޭ އެހީއެއް ދޭނީ ގުރުބާނީއެއްގެ އަގެއްގެ ގޮތުގައެވެ. ރަހުމަތްތެރި އިންޑިއާއި އެމެރިކާ އޮތީ ރާއްޖެއަށް އެހީތެރި މޫޑެއްގައެއް ނޫނެވެ. 

    ދުނިޔޭގެ މާލީ އިދާރާ ތަކަކީ އެމެރިކާއާއި އިންޑިއާ ފަދަ ގައުމުތަކުގެ މަސްލަހަތުގައި އޮޕަރޭޓް ކުރާ ތަންތަނެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި މުއިއްޒު އުޅެގަތް ގޮތުން ރާއްޖެއާ މެދު ދުނިޔެ ދެކޭގޮތް ބަދަލުވެއްޖެއެވެ. އޭގެ ހިތި ރާއްޖެއަށް ނުފެނިއެއް ނުދާނެއެވެ. 

    ހަމަތެދެކެވެ. ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ދަނީ ދިވެހި ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތުންނެވެ. އެވާހަކަ ދައްކާ ބައެއްގެ ބޮލަށް ކަނޑާލައިގެން މާލީ ނިޒާމަށް ގެއްލެމުންދާ އިތުބާރެއް ނުހޯދޭނެއެވެ. ނެރޭ ނޫސް ބަޔާނަކުން، އެކްސްގައި ކުރާ ޕޯސްޓަކުން އެ އިތުބާރެއް ނުއުފެއްދޭނެއެވެ. ކުރީގެ ސަރުކާރު ބޮލުގައި އަޅުވައިގެންވެސް އިތުބާރު ދެނެއް އިޔާދައެއް ނުކުރެވޭނެއެވެ. ގައުމު މިހާރު އޮތް ހާލަތުން އިގްތިސޯދު ހަމައަކަށް އަޅުވާ މާލީ ނިޒާމްގެ އިތުބާރު މުއިއްޒަކަށް ހޯދައެއް ނުދެވޭނެއެވެ. ފާޑުފާޑަށް އިލްތިމާސްކޮށް ބަޔާން ނުނެރި ރައްޔިތުން ބަނޑަށް ނުޖައްސާ ފައިބާނީތޯ ނުވަތަ ބާލަންވީތޯ މުއިއްޒާ ސުވާލު ކުރަން އެބަ ޖެހެއެވެ. 

    ]]>
    Sat, 17 Feb 2024 20:45:06 +0500 ނިއުސް ޑެސްކް
    އަނގަޔާ އަތާ ދިމާނުވީމާ ޖަކޫޒީގައި އޮތަކަނުދޭނެ! https://heerasnews.com/2267 https://heerasnews.com/2267 ސަރުކާރުގެ މާލީ ނިޒާމް އިސްލާހު ކުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ހުރިހާ ސަރުކާރަކުން ވެސް ހުއްޓާނުލާ އެވާހަކަ ދައްކައެވެ. ދަރަނިވެރި ވާހަކައާއި ސަރުކާރުގެ ހަރަދުތައް ބޮޑު ވާހަކައެވެ. މާލީ ނިޒާމު އިސްލާހު ނުކޮށް ދައުލަތް ހިންގެން ނެތް ވާހަކައެވެ. ސަރުކާރުގެ ހިންގުން ބަދަލުވާ ކޮންމެ ފަހަރަކު ކުރީ ސަރުކާރުން މިސްމެނޭޖްކޮށް ދައުލަތް ދަރުވާލާފައި އޮންނަ ވާހަކަ ދައްކައެވެ. ވެރިކަމަށް އައުމުގެ ކުރީން ކީހާ ޅެން ވެރިކަމަށް އައުމާއެކު ފަރިއްސަށް ބަދަލު ކޮށްލައެވެ. 

    ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. އަހާށޭ ބުނާނަމޭ ކިޔައިގެން ދުރާލާ ރާވައިގެން ސުވާލު ދީގެން ތިޔަހެން ދައްކާ ވާހަކައަކަށް މީހުން މިހާރަކު ނުހެއްލޭނެއެވެ. ޕަބްލިސިޓީ ހޯދަން ތިޔަކުރާ ކަންތަކަށް މީހުން ޖަހަނީ ޖޯކެވެ. ކުރަނީ މަލާމާތެވެ. ޖެހެނީ އަނގަ ގަޅިއެވެ. ތިޔަ ހުރިހާ ބައިސާއެއް ކަނޑާއިރު އެކަންކަން ކުރާނެ މާލީ ހަކަތައެއް ނެތެވެ. ސަރުކާރު އޮތީ ދޮޅިފެނުގައެވެ. ކިތަންމެ ކުރަން ބޭނުން ނުވިޔަސް މުއިއްޒަށް އެހެން ގޮތެއް ނެތެވެ.

    މަލްޓިޕާޓީ ވެރިކަމާއެކު ރައްޔިތުންނަށް ހިލޭ ބޭސް ކޮށްދޭން ސަރުކާރުން ފެށިއެވެ. އައިޑީކާޑަކީ ހެލްތު އިންސުއަރެންސް ކާޑަކަށް ހެދިއެވެ. އެޑްމިޓް ނުވިޔަސް ބޭހާއި ފަރުވާ އާސަންދައިން ކޮންމެ މީހަކަށްވެސް ލިބެމުން އައެވެ. މި ސަރުކާރަށް ވީފަހުން އާސަންދަ ދެވޭ އުސޫލު ބަދަލުކޮށް އާސަންދައިގެ ހިދުމަތްދޭ މިންގަނޑު ބަދަލު ކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެންނަށް އާސަންދަ ދިނުން ލަހެއްނުވެ ހުއްޓާލަނީއެވެ. 

    މުސާރަ ބޮޑުކުރުމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރުން މުއައްޒަފުންގެ މުސާރަތައް ކުޑަކުރުމުގެ މަސައްކަތް ފަށައިފިއެވެ. ގިނަ އަދަދެއްގެ ސަރުކާރު މުއައްޒަފުން ވަޒީފާއިން ވަކި ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. 

    ފަށައިގެން ހިނގަމުން އައި ތަރައްގީގެ ޕްރޮޖެކްޓްތައް އެކި ހަމަ އަޅުވައިގެން ދަނީ ހުއްޓާލަމުންނެވެ. އާ ޕްރޮޖެކްޓަތައް ސަރުކާރުގެ ހަރަދުގައި ނުފެށުމަށް އޮތީ ނިންމާފައެވެ. 

    އެކި ނަންނަމުގައި އައު ޓެކްސްތައް ތައާރަފް ކުރަން ދަނީ ރޭވެމުންނެވެ. ނަގަމުންދާ ޓެކްސްތައް ބޮޑުކުރަން އޮތީ ނިންމާފައެވެ. ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުން ޓެކްސް ނޫން ގޮތް ގޮތަށާއި ޖޫރިމަނާގެ ގޮތުގައި ވީހާވެސް ގިނައިން ފައިސާ ނެގޭނެ ގޮތަކަށް ހިދުމަތްތައް ދިނުން ދަނީ އިންތިޒާމު ކުރަމުންނެވެ.

    ތެލާއި ޕެޓްރޯލަށް ސަރުކާރުން ދެމުންދާ ސަބްސިޑީ ކަނޑާލަނީއެވެ. ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތަށް ދޭ ސަބްސަޑީ ކަނޑާލުނީއެވެ. ނަތީޖާއެއްގެ ގޮތުން ކަރަންޓަށް ނަގާ އަގުގެ ރޭޓް ބޮޑުވެގެން ދާނެއެވެ. 

    ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލުމަށް ވެސް ދަނީ ވިސްނަމުންނެވެ. އަތްފޯރާ ފަށުގައި ކާބޯތަކެތި ލިބޭކަށް އޭރަކުން ނުހުންނާނެއެވެ. 

    ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލާ ކުންފުނި ތަކުގެ ކޮންޓްރޯލު ދައުލަތަށް ގެއްލޭ ވަރަށް ކުންފުނިތައް ޕްރައިވަޓައިޒްކޮށް ކުރުމަކީވެސް އޮތް ވިސްނުމެކެވެ.  

    ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރާ ރައްޔިތުންގެ އަތުން ބޮޑެތި ފީތައް ނެގުމަށް ދަނީ ރޭވެމުންނެވެ. ދީފައިވާ ބައެއް ސިޔާސީ މަގާމުތައް އުވާލާ ސިޔާސީ ވެރިން ތަކެއް މަގުމަތިކޮށްލުމަކީ ވެސް ގެންގުޅޭ ވިސްނުމެކެވެ.

    ދައުލަތެއްގެ ކަންކަން މިދަރަޖައަށް ވެއްޓުނީމާ ބަނގުރޫޓް ނުވާ ކަމަކަށް ނުވާނެއެވެ. ކިތަންމެ މަތިއަޅާ ނިވާކުރަން އުޅުނަސް ކުރިއަށް އޮތީ ރާއްޖެއަށް ބިރުވެރި ދަތި ދުވަސް ތަކެކެވެ. ބަނގުރޫޓޭ ނުކިޔާވެސް ތިބެވިދާނެއެވެ. ރައްޔިތުންގެ އަނގަޔާ އަތާ ދިމާނުވީމާ ޖަކޫޒީގައި ގައިމޮޑެން އޮތަކަ ނުދޭނެއެވެ.

    ]]>
    Sat, 17 Feb 2024 16:19:35 +0500 ނިއުސް ޑެސްކް
    ބަނގުރޫޓް ނުވަނީސް މުއިއްޒުގެ ވެރިކަން ނިންމަންޖެހޭ! https://heerasnews.com/2266 https://heerasnews.com/2266 އިއްތިހާދު ސިފައިން ވަށައިގެން އަރާ ބަގުދާދު ތަޅާލަންދެން ވެސް ސައްހާފު ބުނަމުން އައީ އިއްތިހާދީންގެ ގަބުރުސްތާނަކަށް ބަގުދާދު ހަދާލާނެ ވާހަކައެވެ. އާހިރުގައި ބަގުދާދު ވީ އިރާގް ސިފައިންގެ ގަބުރުސްތާނަކަށެވެ. 

    ސައްހާފެކޭ ރާއްޖޭގެ އިގްތިސާދީ ވަޒީރު ސައީދެކޭ އެއްވެސް ތަފާތެއް ނެތެވެ. އަދިވެސް ސައީދު ބުނަމުން އެދަނީ " ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަނީ" ކަމަށެވެ. "އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން" ބަޔަކު ދައްކާ ވާހަކައެއް ކަމަށެވެ.

    ގައުމުތައް ބަނގުރޫޓު ހާލަތަށް ވެއްޓުމުން އެހާލަތުން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ދޭ ހާއްސަ ޕްރޮގްރާމް ރާއްޖެއަށް ހުށަހެޅުނު ކަން ދޮގުކުރިޔަސް އެއްޔަކީ ދޮގެއް ނޫނެވެ. ބަޔަކު ފިލާތިބެ ދައްކާ ދޮގު ވާހަކަ އެއްވެސް ނޫނެވެ. އައިއެމްއެފްގެ ބަނގުރޫޓް ޕްރޮގްރާމްގައި ރާއްޖެ ބައިވެރިވާން ނުޖެހޭކަމަށާއި ރާއްޖޭގެ އިގުތިސާދީ ހާލަތު އައްނަނީ ކުރީން ލަފާކުރި ވަރަށް ވުރެންވެސް ބާރަށް ރަނގަޅު ވަމުން ކަމަށް ބުނެ ސައީދު މިއުޅެނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. 

    ހުސްވި މަހު ސަރުކާރުން މުސާރަ ދޭނެ ފައިސާ ނެތިގެން ވިއްކަން އުޅުނު ހުރިހާ ބޮންޑެއް ނުވިކުނެވެ. ވިކުނު ބޮންޑަށް ލިބުނު ފައިސާކޮޅާ ސިލޯނު ބޭންކާއި އެހެން ބައެއް ބޭންކުން ހޯދި ފައިސާއިން މަސް ފެށުނު އިރު މުއައްޒަފުންނަށް މުސާރަ ދެވުނީ ކިރިޔަ ކިރިޔާއެވެ. މަސްވެރިން އަތުން ގަނެފައިވާ މަހަށް ފައިސާއެއް ނުދެވެއެވެ. ރާއްޖޭގައި ހުރި ބޭންކް ތަކުގައި ޑޮލަރެއް ނެތެވެ. ބޭރުން މުދާގަންނަން ވިޔަފާރިވެރިންނަށް ޓީޓީ ހަދާ ދިނުމަށް ބީއެމްއެލް ވަނީ ނުކުޅެދިފައެވެ. ބަޖެޓް ސަޕޯޓްގެ ގޮތުގައި ދަރަންޏަށްވެސް ފައިސާ ދޭނެ ބަޔަކު ނުވިއެވެ. ހިންގާ މަޝްރޫއު ތަކަށް ދޭންޖެހޭ ފައިސާއެއް ނުދެވެއެވެ. އިންވެސްޓް ފޯރަމު ދިޔައީ ފަނުފުލުންނެވެ. 

    ސިޔާސީ ހަމަޖެހުމެއް ގައުމުގައި ނެތެވެ. ބޭރުބަޔަކު އިތުބާރު ކުރެވޭ ފަދަ މާހައުލެއް މިހާރަކު ރާއްޖެއަކު ނެތެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީން އޮތީ ބޮއިކޮޓް މޯލްޑިވްސް ޖައްސާފައެވެ. އެކަމުން ވާކަމެއް އޮތް ކަމަކަށް ބޮޑާކަމުން ގަބޫލެއް ނުކުރެއެވެ. ފަހުގެ ތާރީހުގައި އަވައްޓެރި ސްރީލަންކާއަށް އަންނަ ޓޫރިސްޓުން ރާއްޖެއަށް ވުރެ މާމަދެވެ. އެކަމަކު މިއަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވުރެ މާގިނައިން ލަންކާއަށް ޓޫރިސްޓުން އެބަ އާދެއެވެ. 

    މިހިނގާ މަހުގެ 7 ވަނަ ދުވަހު އައިއެމްއެފް އިން އެވަނީ ރާއްޖެއަށް ބަނގުރޫޓް ވާކަމުގެ އިންޒާރު ދީފައެވެ. ބަނގުރޫޓް ޕެކޭޖަށް ހުޅުވާލާފައެވެ. އެކަންވެސް ސިފަކުރީ އައިއެމްއެފުން މުއިއްޒަށްކުރި ތައުރީފެއް ގޮތުގައެވެ. ސައްހާފު ވެވޭނީ ހަމަ އެހާކަށް ވަރަށެވެ. 

    ކުރިއްސުރެ ރާއްޖޭގެ ވިޔާފާރި ތަކަށް މުދާ ގެނެސް ގުދަން ކޮށްފައި ހުރުމުންނާއި ކުރީން ހައްދާފައި ހުރި މުދާ ބޭރުން އަދި އަންނަން ހުރުމުން ބާޒާރުގައި ހުރި މުދާ މަދުކަމަށް އަދި ނުފެނިދާނެއެވެ. ބަޒާރުން ބޮޑު އަގުގައިވެސް މުދާލިބޭނީ ހުރި އެއްޗެއް ހުސްވަންދެނެވެ. ހުސްވާ މުދަލެއް ފަސޭހަކަމާއެކު އެތެރެކުރެވޭނީ ވިޔަފާރި ވެރިންނަށް ބޭނުންވާ ޑޮލަރު ލިބޭނަމަތާއެވެ. ބީއެމްއެލް ކާޑުން ނެގޭ ޑޮލަރު ރޭޓް ދަށްކޮށްލުމާއި ބާޒާރިަށް އައު މުދާ އެތެރެވުމަށް ދަތިވުމާއި މިހުންނަނީކީ ސަމާސާ ކަންކަމެއް ނޫނެވެ. މިހުރީ ހައްތަހާވެސް ބަނގުރޫޓްވުމުގެ ނިޝާންތަކެވެ.

    ޗައިނާއިން ހުރިހާ ކަމެއް ހަމަޖައްސާ ދޭނޭކަމުގެ ހުވަފެން އަވައްޓެރި ސްރީލަންކާއިން ދާދި މިދާކަށް ދުވަހު ދުއްޓެވެ. ކަން ނިމުނީ ހަންބަންޓޯޓާ ބަނދަރު ޗައިނާއަށް އަތުލާ ރައްޔިތުން ނިކުމެ ރިޔާސީ ގަނޑުވަރުގައި ބޮނޑިބަތް ކައްކާ ގޮވާލަން ކައްކައިގެންނެވެ. ލަންކާއަކީ އާއްމު ދިރިއުޅުމުގައި އަމިއްލަ ކަންކަން އަމިއްލައަށް ކޮށްގެން ކާލައިގެން ބޯލައިގެން އުޅުނު ރައްޔިތެއް އޮތް ގައުމެކެވެ. އެމީހުންނަކީ ރާއްޖެހެން ދުވަހުން ދުވަހަށް ބޭރުން ތަކެތި ނުލިބިއްޖެނަމަ ނުކައި ނުބޮއި ތިބޭވަރަށް ވުރެ ކެއުން ބުއިމުގައި ބޭރަށް ބަރޯސާވުން ކުޑަ ގައުމެކެވެ. އެމީހުން ބަނގުރޫޓް ވެގެން ދިޔައީ ތެލާ ގޭހަށް ޖެހިގެންނެވެ. 

    ރާއްޖެއަކީ ތެޔޮ ނުލިބެއްޖެނަމަ މަސްވެރިކަމާއި ދަތުރު ފަތުރު އެއްކޮށް ހުއްޓޭނެ ގައުމެކެވެ. މިއަދަކު ކާކަށް މަގޫފަތެއް ނެތެވެ. އާއްމު ހާލަތުގައިވެސް ކާއްޓާ ކުރުނބަލަކީވެސް ތަދު އެއްޗިއްސެވެ. ކާބޯތަކެއްޗާއި ގޭހާ ތެލާ ލިބުމަށް ކުޑަވެސް ތާއްޓެއް ވެއްޖެނަމަ ހަތަރެސްކަން ރާއްޖެއަށް ހަމަވާނެއެވެ. މަވެތި ގައުމިއްޔަތުގެ އަވާގައި ޖެހިގެން އަވައްޓެރިންނާ ގުޅުން ކަނޑާލާ ސަބަބު ތަކުގައި ހިފުމެއްނެތި ރިޒްގް ދެއްވަނީ މާތް ރަސްކަލާގެއޭ ބުނެ ބޮޑާވެ ގަތުމުގެ ނަތީޖާ ހިތިގޮތަކަށް ނުފެނިއެއް ނުދާނެއެވެ. 

    އިގްތިސާދީ ވަޒީރު ތުރާކުނު ސައީދު އެބުނާހާ ފަހިކޮށް އޮތްނަމަ ދިހަ އަހަރަށް ފަހު އެމްއޭސީއެލްގެ ޗެއަރމަން އެމްޔޫ މަނިކު އިސްތިއުފާ ދިނުމާއި ފިނޭންސް މިނިސްޓްރީގެ ބަޖެޓް ކޮންޓްރޯލަރ އިސްތިއުފާ ދިނުމާއި މީރާގެ ވެރިޔާ އިސްތިއުފާ ދޭންވީ ކީއްކުރަން ހެއްޔެވެ. ގާނޫނާ ހިލާފަށް ބީއެމްއެލް ބޯޑުން ބަޔަކު ވަކިކޮށް ވަކިކުރި ބައެއް މީހުން އައްޔަނުކޮށް އުނބަށްޖެހުން މިހުރިއްޔަކީ އާދައިގެ ކަންކަމެއް ނޫނެވެ. ބަނގުރޫޓް ވަމުން ދާކަމުގެ ކޮޅުމައްޗެވެ.

    ބޮޑުތަދުގެ ފަހުން ރާއްޖެދުން އެންމެ ބިރުވެރި ދަތި ކޮވިޑްގެ ވަބާއިގައި ގައުމަށް ބައި ސެންޓް ވެސް ނުވަދެ 3 އަހަރު ވީއިރު ގައުމު ބަނގުރޫޓް ވިޔަނުދީ ދަތިކަމުގެ ކުޑަވެސް އިހުސާސެއް ރައްޔިތުންނަށް ވިޔަނުދީ ބަޔަކު ގައުމު ހިންގިއެވެ. އެއަށްވުރެ މާ ރަނގަޅަށް ގައުމު ހިންގާ ދޭނަމޭ ބުނެ ގައުމާ ހަވާލުވެ 3 މަސްނުވެ ގައުމު ބަނގުރޫޓް ކޮށްލާފައި ކުރީގެ ސަރުކާރޭ ބުނެ މުއިއްޒުމެނަށް ބޯދަމައެއް ނުގަނެވޭނޭއެވެ.

    ހަމަތެދެކެވެ. ގައުމު އެކީ އެކައްޗަކަށް ބަނގުރޫޓް ވުމުގެކުރިން ގައުމު ސަލާމަތް ކުރަން ޖެހެއެވެ. ގާނޫނީ ހަމަތަކުގެ މަތީން ރުންކުރު މަވެތި މުއިއްޒުގެ ވެރިކަން ނިންމަން މިހާރު މަޖުބޫރެވެ. އެކަން ވާން އޮތީ މަގުމަތިންނަމަ މަގުމަތިން ވިޔަސް މުއިއްޒުގެ ވެރިކަން ނިންމަން ޖެހެއެވެ.  

    ]]>
    Fri, 16 Feb 2024 17:00:32 +0500 ނިއުސް ޑެސްކް
    ރިޕަބްލިކް އޮފް ބަނގުރޫޓްގެ އޭމިހިރަ ދިދައާއެވެ! https://heerasnews.com/2265 https://heerasnews.com/2265 2 ހާސް އަހަރުވީ ދޮށީ ދިވެހިރާއްޖެއަށް ދުވަހަކު ނުވާ ދެރަގޮތްވެ، ފަގީރު ކަމާއި ނިކަމެތި ކަމާ އަތްމަތި ދަތިވެ ރައްޔިތުން ބަނޑަށް ޖެހުމުގެ އިންޒާރުގެ ބަރުގޮނުގެ ނާމާން އަޑު އިވޭނީ އެހި މީހަކަށެވެ. 

    ތިމާ ނިސްބަތްވާ ސިޔާސީ ޕާޓީއަކީ އުޅޭ ދީނަށްވުރެ މުގައްދަސް އެއްޗަކަށް ހަދައިގެން ޖެހުނު ކޮންމެ މީހަކާ ކޯފުރާ ޒުވާބުކުރާ މީހުން ކޮންމެ ރަށެއްގައި ވެސް އުޅެއެވެ. ތިމާ ނިސްބަތްވާ ޕާޓީން ކޮންމެތާކު ހުރި ކޮންމެ ފަދަ މީހަކު ކެންޑިޑޭޓަކަށް ނެރުނަސް އެމީހާ ދައްކާ ހުރިހާ ވާހަކައާއި އެނގިހުރެ ހަދާ ބޮޑެތި ދޮގަކީ ތެދު ކަމަށް ހަދައިގެން ނުކުމެ ރަށުތެރޭގައި ވައްވައް ޖަހާތާ ލައްކަ ދުވަހެވެ.  

    އަމިއްލަ ސިކުނޑި ގޭގައި ބާއްވާފައި ނުކުމެ އުޅޭއިރު ތިމާގެ ވިސްނުމަކީ ވެސް ބަހަކީ ވެސް ހީލަތްތެރި ސިޔާސީން ނެރޭ މަކަރުވެރި ވިސްނުމެވެ. ކަންބަޅި އައިނެއްގެ ކުރީގައި އޮންނަ ކަންބަޅި އެޅިހާ މަގަކުން އަޅަމުން ގޮސް ކަނޑަށް އެރި ގެނބި މަރުވާން ވިޔަސް އެސޮރުމެނަށް ވަރިހަމައެވެ. އެވަރުގެ ބުއްދިނެތް ނަޢަމް ސޫފި ތަކަކަށް ވެގެން ދިވެހިންގެ ބަޔަކު އުޅެގަތް ގަތީނުން އާޚިރުގައި މުޅިރައްޔިތުން މިތިބީ "ކަނޑުވާ" ހިސާބުގައެވެ. މިބަޔަކާ ހެދި ޖެހޭ މުޞީބާތާއި ވާދައްޗާއި ތުރާ ތަހަންމަލު ކުރަން ޖެހޭނީ އާޚިރުގައި ހުރިހާ ރައްޔިތުންނެވެ.

    މަގޫފަތްކޭ ކަމަށް ބުނާ ބޮޑު ތަދުގެ ފަހުން ދުނިޔެއާ ކުރިމަތިވި އެންމެ ބޮޑު މުޞީބާތަކީ ކޮވިޑް 19ގެ ޢާލަމީ ބަލިމަޑު ކަމެވެ. ރައީސް އިބޫގެ 5 އަހަރުގެ ދައުރުން 3 އަހަރު އެދަތީގައި އުޅެން ޖެހުނު އިރުވެސް މީހެއްގެ މުސާރައިން ލޯލާރިއެއްވެސް އުންޏެއް ނުކުރެއެވެ. ފެންބިލާ ކަރަންޓް ބިލު ނުދެއްކި ހުރި މީހަކު ނެތެވެ. ބޭސް ފަރުވާ އާއި ކާޑާއި ތެލަށް ކުޑަވެސް ބުރުލެއް ނާރައެވެ. ނުވިތާކަށް އަމިއްލަ މީހުންގެ ވަޒީފާއިން ވަކި ކުރި އެންމެނަށް ސަރުކާރުން އެލަވެންސް ދިނެވެ.  

    ދައުލަތުގެ އާމްދަނީ އެއްކޮށް ހުއްޓުނުއިރުވެސް ރައްޔިތުންގެ ޖީބަށް ހުރީ ވަދެވަދެއެވެ. ނުވިތާކަށް ދުވަހަކު ނުހިންގާ ވަރުގެ ބޮޑެތި ޕްރޮޖެކްޓް ހުރިހާ ރަށެއްގައި ހުއްޓުމެއްނެތި ހިންގިއެވެ. އެއަރޕޯރޓްތަކާއި ކަރަންޓާއި މަގާއި ބަނދަރާއި ފެނާ ނަރުދަމާ އާއި ހައިސްޕީޑް އަގުހެޔޮ ފެރީ ނިޒާމެވެ. އެހެން ނަމަވެސް ދިވެހިންނަކަށް އެވަރަކުން ނުފުދުނެވެ. ހިތެއް ނުފުރުނެވެ އަދި ކެތެއް ނުމެ ކުރެވުނުވެސް މެއެވެ. 

    އުޑުން މަންނައާއި ސަލްވާ ބާވާ ލެއްވީމާ އެގޮތް ކަމުނުދިޔަ މީހުންގެ ދަރިފަސްކޮޅު މިހާރު އެތިބީ އިޒްރޭލުގައެވެ. އެކަމަކު ދިވެހިން ތިބީ ފަލަސްތީނާ އެކުގައި ކަމަށް ނިކަން ބާރަށް ގޮވާ އަޑު އިވެއެވެ.

    ހައްދުފަހަނަ އެޅި ހީލަތްތެރި ކަމުން ފުރިގެންވ ގައުމިއްޔަތުގެ ނާމާން ބެރަށް ހެއްލުނު މީހުން ކޮބާ ހެެއްޔެވެ؟ އިސްލާމް ދީން ދެކެ ލޯބިވުމަކީ ވާޖިބެކެވެ. އެކަމަކު ބުނެ ބަލާށެވެ. އެދީނަށް ހިތުގައި ނެތް ލޯތްބެއް އޮތްކަމަށް ބޭރުފުށުން ދައްކައިގެން ރައްޔިތުން ވާވެއްދުމަށްވުރެ ނުބައި ކަމެއް އޮވޭ ހެއްޔެވެ؟ ހެއްދެވި ފަރާތަށް ބިރު ނުގަންނަކަމޭ ހިތަށް އަރައެވެ.

    ގައުމިއްޔަތާ ދީނަށް އޮތްކަމަށް ސަރުކާރުން ދައްކާ ކެހިވެރި ގިރިޓީ ލޯބިން ބަނޑުފުރި އަސް އެއަކުން ހައިހޫނު ކަމެއް ނުފިލާނެއެވެ. އެދީފައި ޑޮލަރެއް ނުގަނެވޭނެއެވެ. ގައުމިއްޔަތު ކައިގެން މުސާރަ ކުޑަވެ، ވަޒީފާ ނުލިބި ސަބްސިޑީތައް ހުއްޓުނީމާ އޯކޭއެއް ނޫނެވެ. ކެހިވެރިންގެ ދަލުގައި ބެދުނީމާ އާމްދަނީ އިތުރު ނުވެ އަތްފައި ބަނދެވި އަތްމަތި ދަތިވުން ނޫން ކަމެއް ނުވާނެއެވެ.

    އަދި ކިރިޔާ މިސަރުކާރަށް މިވަނީ 3 މަހެވެ. ކުރިމަތީގައި ވަނީ ނާމާން ބިރުވެރި ދަތިހާލުގެ އަނދިރި ކަމެވެ. 2 ހާހަށްވުރެ ގިނަ އިންޑިއާ ސިފައިންނާއި، ހުސްގޮނޑިއެއް ދައްކައިގެން ދިން ބޮނޑީގެ ދިލަ އަދި ކިރިޔާ މިފެށެނީއެވެ.

    އަމިއްލައަށް ލިބިގަތް މިޒަަހަރު ދިވެހިން މިފަހަރު ވާނީ ރަނގަޅަށް ބޯށެވެ. މަޖިލިސް އިންތިޚާބަށް އެ މީހުން ހަދާ ހުރިހާ ދޮގު ވާނީ ގަބޫލު ކުރާށެވެ. މުއިއްޒު ކެންޑިޑޭޓް ނޫނީ ސާޖިދާ ކެންޑިޑޭޓް ނުވަތަ އަދުރޭ ކެންޑިޑޭޓަށް ވޯޓު ނުދެންޏާ ޕީއެންސީ ޓިކެޓްގައި ހުރި މީހާއަށް ވޯޓުދީގެން މަޖިލިސް ވެސް ވާނީ ސަރުކާރަށް ދޭށެވެ. 

    ނިންމާލަމުން ބުނަމެވެ. ވެރިކަމަކީ ބޯހަރުކަމާއި ބޮޑާކަމާއި ރުންކުރުކަމާއި ގޮތްދޫނުކުރުމެއް ނޫނެވެ. ވެރިކަމަކީ ކެތްތެރިކަމާއި އޯގާތެރިކަމާއި ގޮތްދޫކުރުމާއި އަނެކުންނާ އެކު އޮންނަ ގުޅުމާ ގާތް ކަމެވެ. ޙިކުމަތްނެތަމަ ވެރިކަމެއް ނުވާނެއެވެ.

    ]]>
    Fri, 16 Feb 2024 15:00:35 +0500 ނިއުސް ޑެސްކް
    ދޮންއަމަޔަކާ ނުބެހެވޭނެ! https://heerasnews.com/2264 https://heerasnews.com/2264 އިންޓަނެޓް މެދުވެރިކޮށް ޝާއިއުކުރާ ކޮންމެ ވެބްސައިޓަކީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ ސައިޓެއް ކަމަށް ބަލައިގެން އުސޫލު ހަދާ އެސައިޓް ތަކަށް ފިޔަވަޅު އަޅަން ވިސްނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ދިވެހި ބަހުން ޝާއިއުކުރާ ކޮންމެ ވެބްސައީޓަކީ ރާއްޖޭގައި ޝާއިއުކުރާ ނޫހެއް މީޑިއާއެއް ކަމަށް ބެލެނީ ކޮން ހަމައަކުން ހެއްޔެވެ. 

    ރާއްޖޭގެ މީޑިއާ ކައުންސިލަށް ރެގިއުލޭޓް ކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކެވެ. މީޑިއާ ކައުންސިލްގެ ގާނޫނު ހިގާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާ ތަކަށެވެ. މީޑިއާ ކައުންސިލްގެ ކޯޑް އޮފް އެތިކްސަށް ތަބާވާން ޖެހޭނީ އެ އެތިކްސަށް ތަބާވުމަށް އިގްރާރުވެފައިވާ މީޑިއާތަކެވެ.

    އިސްލާމު ދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތީން ކޮންމެ މީހަކަށްވެސް ގާނޫނުއަސާސީ ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކެއް އެބައޮތެވެ. އެގޮތުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވެއެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައިވެއެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ހޯދާ ދީފައިވެއެވެ.

    އެހެން ކަމުން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ވާނަމައެވެ. އެ ގޮތަށްވެސް އަސާސީ ހައްގެއް ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އެފަދަ ގާނޫނަކުންވެސް ހައްގެއް ހިފަހައްޓާ ހަނިކުރެވޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައު ތަކުގައި އެ ހައްގެއް ހަނިކުރެވޭ އެންމެ ކުޑަ މިންވަރަށެވެ. މިއީ ގާނޫނު ދަންނަގޮތެވެ.

    މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަންކަން އެ ގާނޫނުގައި ބަޔާން ކޮށްފައި އެބަހުއްޓެވެ. ފިޔަވަޅު އެޅޭނީ ކޮންކޮން ބަޔަކަށް ކިހިނެތްކަން ސާފުކޮށް އެބައޮތެވެ. މީޑީއާ ތަކުގެ ކޮންޓެންޓާއި ވައްޓަފާޅިއަކީ އެ މީޑިއާގެ އަމިއްލަ ހައްގެކެވެ. މީޑިއާތަކުން ގެނެސްދޭން ޖެހޭ ތަކެއްޗާއި ގެނަސް ދޭންޖެހޭ ގޮތަކީ މީޑިއާ ކައުންސިލާ ވެސް ބެހުމެއް އޮތްކަމެއް ނޫނެވެ. މީޑިއާއަކުން ގެނެސްދޭ އެއްޗެއްގެ ދޮގުތެދު ކަނޑައަޅާ މީޓަރަކީ ރައީސް އޮފީހެއް ނޫނެވެ. 

    އަނެއް ކޮޅުން ގާނޫނު އަސާސީގައި ހިލާފު ނުވުމަށް ބުނާ އިސްލާމު ދީނުގެ އަސްލު ތަކަކީ ކޮބައިކަން ގާނޫނެއްގައި ކަނޑައަޅާ ބަޔާން ކޮށްފައެއް ނެތެވެ. އިސްލާމު ދީނުގެ އަސްލު ކަމުގައި މީހަކު މާނަކުރާ ކޮންމެ ކަމަކީ އަސްލެއް ކަމަށް ބަލައިގެން އޭގެ ދަށުން ވެސް މީޑިއާ ތަކަށް ފިޔަވަޅެއް އެޅޭ ގޮތަކަށް ގާނޫނެއް އަދިއެއް ނެތެވެ. އިސްލާމު ދީނުގެ އަސްލެކޭ ބުނެ ދޮގުވާހަކަ ފަތުރާ ކަމަށް ހަދައިގެން އެއްވެސް މީޑިއާއަކަށް ފިޔަވަޅެއް އެޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.  

    މީޑިއަކުން ގެނެސްދޭ އެއްޗެއްގެ ދޮގުތެދު ކަނޑައެޅޭނީ ޝަރީއަތް މެދުވެރިކޮށެވެ. ޝަރީއަތުގެ ހުކުމެއްނެތި މީޑިއާއަކުން ފެތުރީ ދޮގެއްކަމަށް ބެލެވޭނީ ކުރެވޭ މިނިވަން ތަހުގީަކަށް ފަހު އެއީ ދޮގެއްކަމަށް އެ މީޑިއާ އަކުން އެއްބަސްވާ ހާލަތެއްގައެވެ. އެގޮތަށް ވެސް ފިޔަވަޅު އެޅެނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާ ތަކަށެވެ.

    ރަޖިސްޓްރީ ނުކުރާ އޮންލައިން ނޫހަކަށް ފިޔަވަޅު އެޅޭނީ ސެންސަރޝިޕް ގާނޫނެއްގެ ދަށުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއަށެވެ. މީޑިއާ ކައުންސިލަކަށް ނޫނެވެ. ރައިސް އޮފީހުން ބުނާއިރަށް މީޑިއާ ކައުންސިލެއް ކަމަކު ދިޔަވަރެއް ކުރުސީއެއް ކިޔާނެ ކަމެއް ނެތެވެ. ދޮން އަމަޔަކާ ވެސް ނުބެހެވޭނެއެވެ.  

    ]]>
    Thu, 15 Feb 2024 19:26:38 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ ހުއްޓުވުންގަނޑު : ފްލެޓް އޭސީސީން & ގޯތި ކޯޓުން https://heerasnews.com/2263 https://heerasnews.com/2263 ވެރިކަން ނިމި ނިމި އޮއްވާވެސް ރައީސް ސޯލިހު ވަނީ 4000 މީހުނަށް މާލޭ ސަރަހައްދުން ފްލެޓް ކަށަވަރުކޮށް ދެއްވާފައެވެ. 9000 މީހުނަށް މާލެ ސަރަހައްދުން ގޯތި ކަށަވަރުކޮށް ދެއްވާފައެވެ. ގޯއްޗާއި ފްލެޓަށް ހޮވުނު މީހުންނަކީ ކޮން ބައެއްކަން ސާފުކޮށް އެނގޭވަރަށް އިއުލާނުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލާ އެކަށީގެންވާ މުއްދަތު ދިނެވެ. މުއްދަތުގައި ހުށަހެޅި ޝަކުވާތަކަށް ބަލާ ދާއިމީ ލިސްޓް ގެޒެޓްކޮށް އިއުލާން ކުރިއެވެ. 

    މާލޭ ސަރަހައްދުން ގޯތިލިބޭ މީހުނަށް ދޫކުރާނެ ބިން ހިއްކަމުން ފަތުއަޑުކިޔާފައި ދިޔައެވެ. ގޯތިތައް ދޭތަންތަން ކަނޑައަޅާ ގުރުއަތުލައިގެން ކާކަށް ގޯތިދޭނީ ކޮންތާކުންކަން ނިންމާ އެގްރިމަންޓް ހަދާ ގޯތީގެ ރަޖިސްޓްރީ ހަދާ އިންވަކިކޮށް ދެމުން ގެންދިޔައެވެ. ބިން ހިއްކެމުން ދާވަރަކަށް ގޯތިތައް ހަވާލު ކުރަމުން ދަނިކޮށް ވެރިކަން ބަދަލުވީއެވެ. 

    އޭރު މާލެ ސަރަހައްދުން ގޯތިދޭތީ އެކަން ހުއްޓުވަން ކޯޓަށް ބަޔަކު ދިޔައެވެ. ސިޔާސީ ގޮތުން ރައީސް ސޯލިހަށް ލޮޓިއެއް ދިނުމުގެ ވިސްނުމުގައެވެ. އެމީހުން ބޭނުންވި ކޯޓު އަމުރު އެދުނު ގޮތަށް ދަށުކޯޓުން ނެރެ ނުދިނުމުގެ ސަބަބުން އޭރު ގޯތި ހަވާލުކުރުމުގެ މަސައްކަތް ހުއްޓުވައެއް ނުލެވުނެވެ. އެހެން ނަމަވެސް ދޭން ޖެހޭ ގޯތިތައް މުޅިން ހިއްކާ ނުނިމޭތީއާއި އިދާރީ ބައެއް ސަބަބުތަކާހުރެ ވެރިކަން ބަދަލު ވުމުގެކުރިން ރައީސް ސޯލިހުގެ ސަރުކާރަކަށް ގޯތިތަކުގެ ހުރިހާ ކަމެއް ނިންމައެއް ނުލެވުނެވެ. 

    މާލެ ސަރަހައްދުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ހައްގުވާ 15ހާހެއްހާ މީހުން ތިއްބެވެ. ވަގުތީ ލިސްޓް އިއުލާނުކޮށް ޝަކުވާއަށް ހުޅުވާލާ ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތްކޮށް ދައިމީ ލިސްޓް ތައްޔާރުކޮށް ގެޒެޓްކޮށް އިއުލާންކުރިއެވެ. ފުރަތަމަ އިމާރާތްކޮށް ނިމޭ 4000 ފްލެޓް ދޭނެ މީހުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ހޮވާ ގެޒެޓްކޮށް އިއުލާނު ކުރިއެވެ. ފުރަތަމަ 4000 ފްލެޓް ދޭން ނިންމީ އެންމެ މަތީން މާރކްސް ލިބުނު 4000 މީހުންނަށެވެ. އެމީހުންނާ ސަރުކާރާ ދެމެދު ހިޔާވަކަމުގެ އެއްބަސްވުތައް ހަދާނިންމިއެވެ.

    އެއްބަސްވުން ހެދި މީހުނަށް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ނުފެށި އުޅެނިކޮން އޭސީސީން އަމުރުކޮށްގެން އިންތިގާލީ މަރުހަލާގައި އޭސީސީ ނިދިން ހޭލާ ފްލެޓްތައް ހަވާލު ކުރުން ހުއްޓުވިއެވެ. އެހެން ކަމުން ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ނުދެވެނީސް ރައީސް ސޯލިހުގެ ވެރިކަން ނިމިއްޖެއެވެ.

    މިއަދާ ހަމައަށްވެސް ފްލެޓްތައް އޮތީ އޭސީސީ މުށުތެރޭގައި ތާށިކޮށްފައެވެ. ދޭނެކޮޅެއް މެދެއް ދެވޭނެ ގޮތެއް އޮތްކަމަކަށް ނުވެއެވެ. މުއިއްޒު ހައްގު ކިރާ މީޒާން ގެންނަނީ މަހުޝަރުގެ މައިދާނުން ނޫންބާއޭ ހިތަށް އަރައެވެ. އެހެން ނުބުނެވޭ ވަރެއް ނޫނެވެ. ފްލެޓް ލިބޭކަމަށް ކަނޑައެޅިފައި ތިބި މީހުންގެ ތެރެއިން %60 އަށް ހައްގުވާ ކަމަކަށް މިހާރަކު ނުވެއެވެ.  

    މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަންޑާރަ ގޯތި ދިނުމަށް ސޯލިހު ސަރުކާރުން ނިންމުމާ ގުޅިގެން ވާދަވެރި ސިޔާސީ ވެރިން އެ ގޯތިތައް ދިނުން ހުއްޓުވާނެ ކަމަށް އަޑުހަރުކޮށް ބުނަމުން ދިޔައެވެ. ފްލެޓްތައްވެސް ދެވެނީ ހައްގުން ނޫން ކަމަށް ބުނަމުން ދިޔައެވެ. އެހެނަސް ކެންޕޭނުގެ ފޯރިގަދަވެ ރައީސް ސޯލިހު ސަރުކާރުން ދޭން ކަނޑައަޅާ ގެޒެޓް ކޮށްފައިވާ ގޯއްޗެއް ފްލެޓެއް ދޭން ނިމިފައި އޮތްތަނަކުން ދޭނެކަމަށް ބުނެ މުއިއްޒު ވައުދުވިއެވެ. އޭރުވެސް އެކަން ނުކޮށް ވާން އޮތް ހުރިހާކަމެއް ފަރުދާގެ ފުރަގަހުގައި ދިޔައީ ކުރަމުންނެވެ.

    ރައީސް މުއިއްޒުގެ ވިދާޅުވި ވިދާޅުވުމަކީ ވެވަޑައިގެން އެހެން ވައުދުތަކެކޭ އެއްގޮތަށް ހެއްދެވި އިތުރުފުޅެއްކަން އަންނަނީ ދުވަހެއް ދުވަހަކަށް ސާބިތުވަމުންނެވެ. ވެރިކަން ލިބިވަޑައިގަތުމާއެކު ނިންމެވީ ފުށިދިއްގަރުފަޅަށް ގޯތިތައް ބަދަލު ކުރާށެވެ. ހުވަފެނީ ރަސްމާލެއެއް ކުރައްސަވަމުންނެވެ. އެހެންނަމަވެސް ޕްރެޝަރ ބޮޑުވެގެން މާލެ ސަރަހައްދު ދޭންކަނޑައެޅި ގޯތިތައް އެތަންތަނުން ދޭނެކަމަށް ވިދާޅުވިއެވެ. އެކަމަކު އެކި ބަހަނާ ދައްކަވަމުން ލަސްކޮށް ފަސްކުރަނީއެވެ. 

    އެންމެ ފަހުން ގޯތި ދިނުމަށް ގުޅީފަޅުން ހިއްކަމުންދާ ބިންހިއްކުން ކޯޓުން މިއަދު އެހުއްޓުވީއެވެ. ގޯތިތައް ނުދީ ދަންމާލާނެ ބަހަނާއެއް އުފަން ކުރުވީއެވެ. ފްލެޓްތައް ހުއްޓުވީ އޭސީސީންނެވެ. ގޯތިތައް ހުއްޓުވީ ކޯޓުންނެވެ. ކިހާ ރީތިހެއްޔެވެ. މުއިއްޒު ކުރިކަމެއް ދެކަމުން ކުރެ ކަމެއްގައިވެސް ނެތެއް ނޫންހެއްޔެވެ. މުއިއްޒުގެ ހުއްޓުވުން ގަނޑު ކިހާ ސަޅިހެއްޔެވެ.    

    ]]>
    Wed, 14 Feb 2024 20:16:34 +0500 ނިއުސް ޑެސްކް
    އިންވެސްޓް ފޯރަމްގައި މަދީ އަތްބަޅޭ&ކަޑަ https://heerasnews.com/2262 https://heerasnews.com/2262 ވަރަށް ބޮޑު ތެދެކެވެ. ޔޫއޭއީގައި މުއިއްޒު ބޭއްވި އިންވެސްޓް ފޯރަމުގައި މަދީ އަތްބަޅޭ ކަޑައެވެ. އަތްބަޅޭ ކަޑައިން އަބަދުވެސް މަސްބުރި ރިހަޔާ ރޮއްޓާ ލިބެން ހުރެއެވެ. އަތްބަޅޭ ކަޑަ މެދުނުކެޑި ހިދުމަތުގައި މާލޭގައި އެބަހުރެވެ. އަތްބަޅޭ ކަނޑައިން ކައި ބަނޑު ސިކާރަކޮށްލާ މީހުން މާލޭގައި ލައްކަ ގިނައެވެ. އަތްބަޅޭކަނޑަ ފޯރަމަށް ނުގެންދިޔައީ ކަސްޓަމަރުން ނުލިބިގެން އަތްބަޅޭ ކަޑައިން އުޅޭން ނުޖެހޭތީ ކަންނޭގެއެވެ. މުއިއްޒު އިންވެސްޓް ހޯދަން ބޮޑު ފައުޖެއްގެ މީހުން ގޮވައިގެން ދިޔައިރު އަތްބަޅޭކަޑަ ނުގެންދިޔައިތީ ވަރަށް ދެރައެވެ. މާކަރީ ލައިޓް ހުރިނަމަ އެތަންވެސް ގެންދިޔައީސް ތޯއްޗެކެވެ. 

    އިންވެސްޓަރުން ހޯދަދޭން ތިބިއްޔާ ތިބިބަޔަކު ނުގެން ގޮހެއް ނުވާނެތާއެވެ. ދިޔަ މީހުންގެ ތެރެއިން އަދުރޭ ކީއްކުރަން ހެއްޔެވެ. އެކަކަށް އެއްބަހަކުން ވާހަކަ ދައްކަން ނޭގުނަސް އަތްފައި ބަޅާ ބޫޅިކޮށްގެން ވެސް އިންވެސްޓެއް ރާއްޖޭގައި ކުރެވޭތޯ އެމޭޒަނާއި މައިކްރޯސޮފްޓް ވެސް އެތިބީ ދެލޯ މުދަނަށް އަރާފައެވެ. ރާއްޖޭގައި އިންވެސްޓް ކުރާހިތުން ލޮލުފިޔަ ނުޖެހިގެން މަށަށް މަށަށް ގޮވާލަ ގޮވާލާ ސާދާގަރުންތައް އެތިބީ ފޯރަމް ބޭއްވުން ލަސްވެފައެވެ. ހާމަސް ލޯގަނޑަކަށް ކާޅުބައެއް ޖެހިގަންނަހެން އިންވެސްޓަރުންތައް އެއޮހިގަތީ ހަތަރު އުދަރެސް ބައްދާލާފައި ނޫން ހެއްޔެވެ.

    އަންތަރީހެއް ނުވާނެ ހެއްޔެވެ. މިލިޔަން މިލިޔަން ޑޮލަރު ހަރަދުކޮށްގެން ޔޫއޭއީގައި މުއިއްޒު ތިޔަ ބޭއްވި ފޯރަމަކުން ވީކަމެއް ވީބަޔަކަށް ވިއެވެ. ބަޔަކު ބަނޑު ނުބައިވެގެން އުޅޭނެ ކަމެއް ނެތްތާއެވެ. ފޯރަމަށް ގެންދިޔަހާ މީހުނަށް އަރަބި އިމާރާތުގެ އަގުބޮޑު ހޮޓާތަކާއި ފިހާރަތަކަށް ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސުނެވެ. ދިވެހި ރައްޔިތުން ބަޑަށް ތިއްބާ މުއިއްޒާ އޭނާގެ އައުވާނުންނަށް ހިނދުކޮޅަކަށް ނަމަވެސް ރަންއިލޮށިން ކަދުރު ކެވުނެވެ. ފަސްޓް ކުލާހުގައި ދަތުރުކޮށް ނެތްފައިސާ ތަޅާބުރުވުނެވެ. ބޮޑެތި ފައުޖުތައް ހަދައިގެން ހަތަރުމަހުން ހަތަރު ދަތުރު ދުނިޔެ ބަލާއިލަން މުއިއްޒަށް ކުރެވުނެވެ. އޭޓީއެމް ކާޑަކުން 25 ޑޮލަރު ނުނެގުނަސް ހެޔޮތާއެވެ. އެއްޔަކީ ކުޑަ އިންވެސްޓްމަންޓެއް ނޫނެވެ. 

    ސަމާސާ ކަނޑާލާފައި ބުނެ ބަލާށެވެ. މިލިޔަން މިލިޔަން ޑޮލަރު ހަރަދުކޮށްގެން ޔޫއޭއީގައި ތިޔަ ބޭއްވި ފޯރަމަކުން ލިބުނު އިންވެސްޓްމަންޓެއް ނެތެއް ނޫންހެއްޔެވެ. ތިޔަ ތަނެއް ދެކިލަން ދިޔަ މީހަކު ވެސް ނެތެވެ. އެކަމަކު ރަސްމާލެ ތަރައްގީގެ އިންގިލާބީ ބަދަލަކަށް ވަނީއެވެ. ގުއިނުދެކޭ ކާޅުތަކަށް ގުއިފެނިގެން އުޅޭހެން ބައިސާ ކަޑާއިރު އާޓިފިސަލް އިންޓެލިޖެންސްގެ ވާހަކަ މުއިއްޒު ދެއްކީމާ ކުރަނީ މަލާމާތެވެ. ދުބާއީ ތަރައްގީކުރި ފިކުރުން ވައްކަން ކުރާވާހަކަ މުއިއްޒު ދެއްކީމާ ބޮލުރޮދި ކެނޑިފައި ހުރިވަރު އެމީހުންނަކަށް ނޯޅޭނެއެވެ. 

    ދުނިޔޭގެ އިގްތިސާދު އޮތްގޮތާއި ހުރި ގޮންޖެހުންތައް މުޅި ދުނިޔޭގެ މަހުޖަނުންނަށް އެނގެއެވެ. ރާއްޖޭގައި ޓޫރިޒަމަށް ދޫކޮށް ނުނިންމިފައި ހުރީ ކިތައް ރައްކަން އެމީހުންނަކަށް ނޯޅެއެވެ. ރާއްޖޭގައި ސިޔާސީ ހަމަޖެހުން ނެތްކަމާއި އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި ނެތްކަން މާރަނގަޅަށް އެމީހުނަށް އެނގެއެވެ. މުއިއްޒު ސަރުކާރަކީ ކުކުޅަށްވުރެ ބިސް ދޮށިވެގެން އުޅޭ ކުޅޭކުޅޭ ސަރުކާރެއްކަން އެންމެންނަށް އެނގެއެވެ. ވަގުތީ ޖަޒްބާތުގައި ކުރެވޭ ނުކުރެވޭ ކަމެއް ނޭގޭ ދަމާކަނޑާ ހޮޅި ސަރުކާރަކުންދޭ ޔަގީންކަމަކަށް އިންވެސްޓް ފުނޑާލާކަށް ދުނިޔޭގެ މަހުޖަނުން ބޭނުމެއް ނުވެއެވެ. ރުންކުރު ހަރުކަށި ހައްދުފަހަނައެޅުމަށް ބާރުދޭ ސަރުކާރެއްގެ ގޮތުގައި ސިފަވާ ސަރުކާރަކަށް އިންވެސްޓަރުން އިތުބާރެއް ނުކުރެއެވެ. 

    ވިސްނާ ބަޔަކަށް ރަނގަޅު ފިލާވަޅެކެވެ. އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި އިހުތިރާމް މުއިއްޒަށް ޔޫއޭއީ ދަތުރުން ފެންނާނެއެވެ. މީގެ ކުރިން ރާއްޖޭގެ ވެރިންނަށް ޔޫއޭއީ ފަދަ ގައުމުތަކުން ކުރި އިހުތިރާމާއި ގަދަރު މިހާރަކު ނުކުރެއެވެ. ހަމައެކަނި މުއިއްޒަށް މަރުހަބާކިޔަން ދިޔަ ފެންވަރުން ވެސް އެކަން އިހުސާސްވެއެވެ. ކޮންމެ ބޭނުމެއްގައި ރާއްޖޭގެ ވެރިއަކު ޔޫއޭއީއަށް ދިޔަސް މުއިއްޒަށް މިފަހަރު ކީވަރުގެ ފެން މަރުހަބާއެއް ކިޔާފައެއް ނެތެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމީނާއި ރައީސް ސޯލިހު ކުރެން އަހާށެވެ. އެ ބޭފުޅުންވެސް މިއަދު ލަދު ގަންނާނެއެވެ. 

    ހަމަ އެއްވަގުތެވެ. ޔޫއޭއީގައެވެ. ރައީސް މުއިއްޒެކޭ ބޮޑުވަޒީރު މޯދީއެކޭ ގައުމެއްގެ ވެރިއެއްގެ ނިސްބަތުން އޮތީ ކޮންތަފާތެއް ހެއްޔެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް އަރަބި އިމާރާތުންކީ މަރުހަބާ އެންމެނަށް ފެންނާނެއެވެ. މަރުހަބާ ވިދާޅުވީ އެ ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ. ގާރޑް އޮފް އޮނަރ އާއި ރަތް ދޫލައިންނެވެ. އެކަމަކު ހައްޕުނޑު ހުންނާނީ ފީކުދާނުގައެވެ. 

    ]]>
    Wed, 14 Feb 2024 18:09:26 +0500 ނިއުސް ޑެސްކް
    ސިޔާސީ ނާރެހުން ބިޔަ ބޮޑު ޕީޕީއެމްގެ ވަސް މުއިއްޒު ފުހެލައިފި! https://heerasnews.com/2261 https://heerasnews.com/2261 މުއިއްޒު ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް ނޫންކަމަށް ކުރީގެ ރައީސް ޔާމީނު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީނު ވިދާޅުވާ ގޮތުގައި ރާއްޖޭގައި ޕީއެންސީއަށްވުރެ ޕީޕީއެމްގެ އިހްލާސްތެރި މެމްބަރުން މާގިނަވާނެއެވެ. "ރާއްޖޭގައި އަދިވެސް ޕީއެންސީއަށް ވުރެން ތިން ހަތަރު ގުނަ ގިނައިން އުޅޭނީ ޕީޕީއެމްގެ އިހްލާސްތެރި މެންބަރުން." ކަމަށް ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީނު ރޭގައި ވިދާޅުވިއެވެ.

    މުއިއްޒު ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް ނޫންކަން ސާބިތުކޮށް ދެއްވުމުގެ ގޮތުން ރައީސް ޔާމީނު ވިދާޅުވީ "ޕީޕީއެމަކުންނެއް އެއްވެސް ދާއިރާއަކަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް މެންބަރަކު ކުރިމައްޗެއް ނުކުރުވަ"އެވެ. ރައީސް މުއިއްޒުގެ އިހުލާސްތެރިކަން ނެތްވަރު ފާހަގަ ކުރެއްވުމުގެ ގޮތުން ރައީސް ޔާމީނު ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް އެއްވެސް ބޭފުޅަކަށް ޕީޕީއެމްޓިކެޓްގައި ކުރިމަތިލައްވާ ވާދަކުރެއްވުމަށް ފުރުސަތު މުއިއްޒު ނުދެއްވާކަމަށެވެ.

    ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމުގައިވާ އަހުމަދު ޝިޔާމް އާއި ގައްއްސާން މައުމޫނަށް ވަޒީރުކަން ދެއްވައިގެން މުއިއްޒު ޕީޕީއެމް ހިސޯރު ކޮށްފައިވާ ކަމަށް މެރުންވާ ގޮތަށް ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުގައި މިހާރުވެސް ޕީއެންސީއަށްވުރެ ޕީޕީއެމްގެ މެމްބަރުން ގިނަވެފައި އިހްލާސްތެރިވާނެ ކަމަށް ވިދާޅުވިއެވެ. 

    ޕީއެންސީ ވެރިކަމަށް އަންނަން އުޅުނުއިރު ދެއްކި ވާހަކަތަކާއި އަމަލާއި މުޅިން ތަފާތުކަމަށްވެސް ރައީސް ޔަމީނު ވިދާޅުވިއެވެ. ޕީޕީއެމް މެންބަރުން ޕީއެންސީއަށް ބަދަލުނުކުރާނެ ކަމަށް ބުނަމުން އައި ސަރުކާރުން ބައެއް ދާއިރާތަކުގައި ރަށު ކައުންސިލް ތަކާއި ސްޓެއަރިން ކޮމިޓީތައް އެކީ އެކަށް ޕީޕީއެމުން ޕީއެންސީއަށް ބަދަލު ކޮށްލިކަމަށް ޔާމީނު ވިދާޅުވިއެވެ.

    ޕީޕީއެމްގެ ހިއްވަރާ ތާއީދާއި މަސައްކަތުން ގެނައި ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތެވެ. ރާއްޖޭގެ ރައީސާއި ނައިބު ރައީސާ ދެ ބޭފުޅުންކުރެ އެއް ބޭފުޅަކުވެސް ޕީޕީއެމަށް ނިސްބަތެއް ނުވެއެވެ. ބައިލައްކައަށް ވުރެ ގިނަ މެންބަރުން ހިމެނޭ ޕީޕީއެމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ތަމްސީލު ކުރުމުގެ ފުރުސަތެއް ނެތެވެ. ޕީޕީއެމްގެ ކޮނޑުމަތިން ވެރިކަން ހޯދާ ރާއްޖޭގެ ސިޔާސީ ނާރެހުން ބިޔަ ބޮޑު ޕީޕީއެމްގެ ވަސް މުއިއްޒު ފުހެލައިފިއެވެ. 

    ]]>
    Wed, 14 Feb 2024 16:12:06 +0500 ނިއުސް ޑެސްކް
    ގައުމިއްޔަތުގެ ނަމުގައި މުއިއްޒު މުގައްދަސް ކުރުން! https://heerasnews.com/2260 https://heerasnews.com/2260 ދުނިޔޭގެ އެއްވެސް ގައުމެއްގައި ގައުމިއްޔަތު ކިޔާ މާއްދާއެއް ކިޔަވައެއް ނުދެއެވެ. އެހެންނަމަވެސް “ދިވެހި ގައުމިއްޔަތު”ގެ ނަމުގައި ރާއްޖޭގެ ތައުލީމީ މަންހަޖަށް މާއްދާއެއް މިހާރު ވަނީ އިތުރުކޮށްފައެވެ. އަޖުމަ ބެލުމުގެ ގޮތުން 11 ސްކޫލެއްގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ވެސް ފަށައިފިއެވެ.

    އެއްވެސް ދިރާސާއެއް ކުރުމެއްނެތި ތައުލީމީ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ މާއްދާ އިތުރު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ބަވަނަވެތި މިޒަމާނުގައި ހިފެހެއްޓި ތަޅުލެވޭ ހައްދުފަހަނައެޅި ކަނާތު ފިޔާގެ ވިސްނުން އަށަގަންނަވާ މަވެތި ފިކުރު ދަރިވަރުންގެ ހިތްތަކުގައި ބިންވަޅު ނެގުވުމަކީ ހާދަހާވާ ނުރައްކާތެރި ކަމެކެވެ. 

    ކަންކަމުގައި ހައްދުފަހަނަ އަޅާގޮސް ހަމަ ނުޖެހުމާއި އަނިޔާވެރިކަމާއި ގަދަކަން ދެއްކުމާއި ދެކޮޅުވެރިކަމާއެކު މީހުނާ ކުރިމަތިލުމުގެ ވިސްނުމުން ޅަދަރިންގެ ސިކުނޑިތައް ބައްޓަން ކުރުމަކީ ބިރުވެރިކަމެކެވެ. ގައުމިއްޔަތާއި ވަޒަންދެކެ ލޯބިވުމަކީ ދެކަމެކެވެ.

    އެއްވެސް ތާރީހަކާއި ސަގާފަތަކީ އެމަތީގައި ހުއްޓި ތިބެން އޮތް ކަންކަމެއް ނޫނެވެ. ތާރީހަކީ ހާލަތާއި ކުރިމަގަށް ލިބިދިޔަ ފިލާވަޅެވެ. އެނބުރި ރުޖޫއަވާން އޮތްކަމެއް ނޫނެވެ. އަނެއްކޮޅުން ސަގާފަތަކީ އެއްޖީލުން އަނެއް ޖީލަށް ބަދަލުވަމުންދާ އެއްޗެކެވެ. ހުއްޓި އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ.

    ދުނިޔޭގެ އެއްވެސް ތަނެއްގައި އެބައެއްގެ ކާބަފައިން އުޅުނުހާ ގޮތަކާއި ގެންގުޅުނުހާ ތަކެއްޗަކީ އެތަނެއްގައި އަބަދަށް ދެމިހުރި ތަކެއްޗާ ކަންކަމެއް ނޫނެވެ. ކާބަފައިންގެ ބައެއް ކަންކަމާއި ތަކެއްޗަކީ ހަނދާން ނައްތާލާ ނެތިކޮށްލަން ޖެހޭ ކަންކަމާއި ތަކެއްޗެވެ. 

    މާތް ވެގެންވާ އިސްލާމްދީން މުސްލިމުންނަށް ދައްކާދިނީ އެމަގެވެ. އިސްލާމް ދީނުގައި ގައުމިއްޔަތެއް ނޯވެއެވެ. އޮންނަނީ މުސްލިމް އުންމަތެވެ. އިސްލާމް ދީން ދަސްކޮށްދެނީ އިޖުތިމާއީ އެއްބައި ވަންތަކަމެވެ. ތަފާތު ނުކުރުމެވެ. ވަކި ނަސްލަކަށް ވަކި ވަންހަޔަކަށް ނިސްބަތްވުމަކުން މާތްކަމެއް ލިބިގެން ނުވާކަމެވެ. އިސްލާމް ދީން ދަސްކޮށްދެނީ އިންސާނީ ކަރާމާތެވެ. 

    ގައުމިއްޔަތުގެ ފިކުރަކީ ތިމާމެންގެ ތެރެއިން ނުވާ ކޮންމެ މީހަކީ އަދުއްވެއް ކަމުގައި ބެލުމުގެ ފިކުރެވެ. ވަކިވަކި ހާއްސަ ސަހުސިއްޔަތަކީ މާ މުގައްދަސް މާ އަބުއި މީހަކަށް ހެދުމުގެ ފިކުރެވެ. ހޮދުމުހުތާރު ކަމާއި ވަކި މީހެއްގެ ވިދާޅުބަސްފުޅު ނޫން އަޑެއް ނޭހުމުގެ ފިކުރެވެ. ހައްގަކީ ހަމައެކަނި ތިމާމެން ގަބޫލުކުރާ ގޮތްކަމުގައި ހެދުމުގެ ފިކުރެވެ. މިއީ ތާރީހު ދައްކާ ހަގީގަތެވެ.

    ބަވަނަވެތި ދުނިޔޭގައި ބައިބައިވުން އުފެދޭ ފިކުރުތައް ކުރިއެރުވުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ގައުމިއްޔަތުގެ ފިކުރު ތިމާމެންގެ ޖަމާއަތް ނުވަތަ ގައުމަކީ، އެހެން ގައުމުތަކަށްވުރެ މަތިވެރި ބައެއް ކަމުގައި ގަބޫލު ކުރުވައެވެ. ގައުމިއްޔަތު ބާރުއަޅަނީ ޖަމާއަތުން ވަކިވެގަނެ ބޮޑާކަން އަށަގެންނެވުމަށެވެ. ތިމާމެންގެ ޖަމާއަތަށް ނުވަތަ ގައުމަށް ނިސްބަތް ނުވާ ކޮންމެ މީހަކާ ނުވަތަ ބަޔަކީ ތިމާމެންގެ ތެރެއިން ވާބައެއް ކަމަށް ގައުމިއްޔަތުގެ ވިސްނުމުގައި ބަލައެއް ނުގަނެއެވެ. ގައުމިއްޔަތުގައި ތިމާމެންގެ ގައުމަށް ނިސްބަތްނުވާ ކޮންމެ ބަޔަކާ ކުދިކުދި ކަންކަމުގައިވެސް ދެބަސްވެ މަވެތިކަން ބޮޑުކުރެއެވެ.

    ގައުމިއްޔަތުގައި ހުރިހާ މޮޅެއް ތިމާމެންނަށް އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެއެވެ. ހާއްސަކޮށް ތިމާމެންގެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަކީ މާ ދަށްބައެއް ކަމަށް ބަލައެވެ. އެމީހުންގެ މައްޗަށް އަނިޔާވެރިކަން އިސްކުރުމާއި، ތަފާތު ކުރުން އިސްކުރެއެވެ. ތަފާތު ނަސްލުތަކާއި ތަފާތު ވިސްނުމުގެ މީހުންނާ އެކުވެރި އުޅުމުގެ ވިސްނުން ޅަފަތުގައި ސިނކުޑިތަކުން ނެރެލައެވެ. 

    ގައުމިއްޔަތަކީ ޔަހޫދީ ވިސްނުމެކެވެ. ޔަހޫދީން ގަބޫލުކުރާ ގޮތުގައި ޔަހޫދީން ނޫން އެންމެންނަކީ ދެވަނަ ދަރަޖައިގެ އިންސާނުންނެވެ. އެހެން އެންމެންނަކީ ޔަހޫދީންގެ އަޅުން ކަމަށް އެމީހުން ދެކެއެވެ. ގައުމިއްޔަތު ކުރިއަރުވާ ހުރިހާ މުޖުތަމައަކުންވެސް އެސިފަ ފާޅުކޮށް ފެންނަން އޮވެއެވެ. 

    ވިސްނުމާއި ސުވާލު ކުރުމަށް ހުރަސް އެޅުމަކީވެސް ގައުމިއްޔަތުގެ ސިފައެކެވެ. ތައުލީމީ ރޮނގުން ކުރިއަރާ ދިޔުމަށް ބޭނުންވާ ކްރިޓިކަލް ވިސްނުމާއި ސުވާލު ކުރުން ގައުމިއްޔަތުގެ ވިސްނުމުން ހުއްޓުވައެވެ. ވަކި ފިކުރެއް ނޫން ހުރިހާ ފިކުރެއް ގޯސްކަމަށް ނިންމައެވެ. ކަންކަން ހޯދައި ބެލުމަށް ހުރަސް އެޅެއެވެ. ފިކުރުކުރުމާއި، ވިސްނައިގެން ކަންކަން ކުރުން ހުއްޓުވުމަށް ކުދިންގެ ސިކުނޑިތައް ތަޅުލައެވެ. ގައުމީ ލޯބީގެ ނަމުގައި ވެރިމީހާ ދެކެވާ ކަނު ލޯތްބާއި ހައްދެއް ނެތް ވަފާތެރިކަމުން ވެރިމީހާއަށް ކަލާނގެވަންތަކަށް ދޭވަރަށް ކުދިންގެ ސިކުނޑިތައް ތަގައްޔަރު ކޮއްލައެވެ. 

    ގައުމިއްޔަތު ކިޔަވާ ދިނުމަށްވުރެ ތަފާތު ސަގާފަތްތައް ދެނެގަތުމާއި ތަފާތު ވިސްނުމުގެ މީހުންނާއެކު އިސްލާމީ އަގީދާގައި ސާބިތުވެ ހުރެވޭނޭ ގޮތަށް އުގަންނާ ދިނުން ބައްޓަން ކުރުން މާ މުހިންމެވެ. ސުލްހަވެރިކަމާއި އެއްބައިވަންތަކަމުގައި ތަފާތުނުކޮށް އިންސާނީ ކަރާމާތް ނަގަހައްޓަމުން ކެތްތެރިކަން (ޓޮލަރަންސް) އިސްކޮށްގެން އުޅެން ދަރިވަރުންނަށް ދަސްކޮށްދިނުން މާ ބުއްދިވެރިއެވެ. 

    ރިވެތި އާދަތައް އުނގަންނައި ދޭނަމަ، އުގަންނައި ދޭންވީ އިސްލާމީ ރިވެތި އާދަތަކެވެ. އިސްލާމީ މަންހައްޖު ފުޅާކޮށް، އެކުވެރި ކަމާއި، އެއްބައިވަންތަކަމާއި، އަވަށްޓެރިންނަށް ކަމޭ ހިތުމުގައި ދީނުގައި ހުރި ސަވާބާއި ހެޔޮ ދަރުމައިގެ އުފާވެރި ހަބަރުތަކުން ދަރިވަރުންގެ އިސްލާމީ ތަރަހަ ވަރުގަދަކުރުމެވެ. ކުރަންވީ ކަމަކީ އީސްލާމީ އީމާން ކަން އިތުރުކޮށް، ދުނިޔެ އަށް ލޯހުޅުވޭ، އެހެނިހެން ފިކުރުތަކުގެ މައްޗަށް ކެތްތެރިކަން އިސްކުރާ، އުފެއްދުންތެރި، އޯގާތެރި ރައްޔިތެއް އުފެއްދުމުގެ މަސައްކަތެވެ. ގައުމިއްޔަތުގެ ނަމުގައި ޅަދަރީންގެ ސިކުނޑިތައް ތަޅުލުމެއް ނޫނެވެ.

    ]]>
    Wed, 14 Feb 2024 15:01:27 +0500 ނިއުސް ޑެސްކް
    ދަރަނީގެ ދަތިކަމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑު: އައިއެމްއެފް https://heerasnews.com/2259 https://heerasnews.com/2259 ރާއްޖޭގެ އިގުތިސޯދީ އެޖެންޑާއަށް އިތުބާރު އޮތް ކަމަށާއި ސަރުކާރުން އަޅަމުންގެންދާ އިސްލާހީ ފިޔަވަޅުތަކަށް އިންޓަނޭޝަނަަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ތައުރީފު ކުރައްވާ ކަމަށް ރައީސް އޮފީހުން އަޑުފަތުރަމުން ދާއިރު ހަގީގަތަކީ އެއީއެއް ނޫނެވެ.

    ބުނަން ހެއްޔެވެ. ބައިނަލްއަގުވާމީ އެޖެންސީތަކުގެ ވެރިން ގައުމެއްގެ ރައީސް ކުރިމައްޗަށް އަރާ ކެޔޮޅަކު ރަތްމަހަށް ދޭހެނެއް ނުދޭނެއެވެ. އެމީހުންގެ ވާހަކަ ހުންނާނީ ޑިޕޮލޮމެޓިކް ލޭންގޭޖުންނެވެ. މުއިއްޒުގެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާއާއި ޝިއުނާގެ ބަހުރުވައަކުން ނޫނެވެ.

    ރާއްޖޭގެ ދަރަނީގެ ދަތިކަމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ބުނެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުދަ ދުވަހު (ފެބްރުއަރީ 7)ގައި އިންޒާރު ދިނީ އިގުތިސޯދީ އެޖެންޑާއަށް އިތުބާރު އޮތްލެއް ބޮޑުކަމުން ހެއްޔެވެ. ކަންކަން އޮޅުވާލަން މާބޮޑަށް ސައްހާފު ހެދެން އުޅޭނެ ކަމެއްނެތެވެ.

    އައިއެމްއެފްގެ އިންޒާރު ލިބުނީ މޮޅު އުކުޅުތައް ބޭނުންކޮށްގެން ދަރަނީގެ މަޅީގައި ކުދި ގައުމުތައް ޖެއްސުމަށް މަޝްހޫރު ޗައިނާއިން ބޮޑު ދަރަންޏެއް ރާއްޖެއަށް ނެނގި ދަނޑިވަޅެއްގައެވެ. ޗައިނާ އެވަނީ އެމީހުންގެ އޯލްޑް ފުރެންޑް އަނބުރާ އެމީހުންގެ ގާތަށް ގެންގޮސް ދަރަނީގެ ދަންތުރައަށް މަހާލާފައެވެ. ރާއްޖެއިން ދައްކަންޖެހޭ ބޭރުގެ ދަރަނި އެންމެ ބޮޑު އެއްގައުމަކީ ޗައިނާއެވެ.  

    ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ޖުމްލަ މާލީ ޑެފިސިޓާއި އާންމު ދަރަނި ތިރި ނުކުރެވޭނެ ކަމަށް ލަފާކުރީ އައިއެމްއެފްއިން ރާއްޖޭގެ އިގްތިސާދު މުރާޖައާ ކުރުމަށް ފަހުގައެވެ. ރާއްޖެއަށް ކުރިއަށް އޮތީ ބޭރާއި އެތެރޭގެ ޖުމްލަ ދަރަނީގެ ދަތިކަމުގެ ބޮޑު ނުރައްކަލެއް ކަމަށް އައިއެމްއެފުން ބުނެއެވެ.

    ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ގައުމީ ދަރަނީގެ ގާތްގަނޑަކަށް 43 ޕަސެންޓް ޗައިނާއަށް ދައްކަން ޖެހޭއިރު އެއީ ތިން ބިލިއަން ޑޮލަރެވެ.

    ދުނިޔޭގެ މަނިޓަރީ އެޖެންސީން މި އިންޒާރު ދީފައިވަނީ ދަރަނީގެ ހާލަތާ ގުޅިގެން ރާއްޖޭގައި އާ ތަރައްގީގެ މަޝްރޫއުތައް ނުފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ.

    ރައީސް މުއިއްޒު ބޭނުންވަނީ އިތުރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާށެވެ. އެކަމަކު މިއީ ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުތަކެއް ފަށައި، ހުރިހާ ރަށެއްގައި އެއްފަހަރާ އާ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ރައީސް މުއިއްޒު އެއްބަސްވެއެވެ.

    ކުރިއަށް އޮތް ދެ މަސް ވާނީ އެންމެ އުނދަގޫ ދުވަސްތަކަށް ކަމަށާއި، މިއީ އެންމެ ކްރިޓިކަލް ވަގުތު ކަމަށްވެސް މުއިއްޒު އެއްބަސްވެއެވެ. އެކަމަކު މިހާރު މި ފަށަނީ އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ކަމަށާއި ޖުލައި މަހަށް ފަހު ވަރަށް ފަސޭހަވާނެ ކަމަށް މުއިއްޒު އުންމީދުކުރާ ކަމަށް އައިއެމްއެފުން ބުނެއެވެ.

    ]]>
    Tue, 13 Feb 2024 18:25:11 +0500 ނިއުސް ޑެސްކް
    ރުހުން ނެތް ވަޒީރުންގެ ނިންމުންތައް ބާތިލު! https://heerasnews.com/2258 https://heerasnews.com/2258
  • އުޝާމަށް ދައުލަތް ތަމްސީލެއް ނުކުރެވޭނެ!
  • ހައިދަރަށް ފްލެޓް ލިސްޓަކާ ނުކުޅެވޭނެ!
  • ޝަހީމަށް އިސްލާމީ ކަންކަމަކާ ނުބެހެވޭނެ!
  • އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު ފުރަތަމަ ވަޒީރުންގެ މަޖިލިސް އުފެދުނީ 2008 ވަނަ އަހަރުއެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެކިއެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި ބަންޑާރަ ނައިބުގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވާ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް ޢައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާން ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) ލާޒިމުކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ވަޒީރުންގެ މަޖިލީހުގައި ތިބެވޭނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަންޏެވެ. އެއީ އެ މީހުނަށް ރައްޔިތުން ރުހުންދީފައި އޮތީމައެވެ.

    މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފުވެ ބޭއްވި ފުރަތަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރެވުނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ގ. ކެނެރީގެ މުހައްމަދު ނަޝީދެވެ. އެ މަނިކުފާނުގެ ނައިބަކަށް އިންތިހާބު ކުރެވުނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ނަޝީދު ފުރަތަމަ ކެބިނެޓްގެ ވަޒީރުން މަގާމާ ހަވާލުވުމުގެ ހުވާކުރީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ރުހުން ހޯދުމަށް ފަހުގައެވެ. ކިހާ ރީތި ފެށުމެއް ހެއްޔެވެ. ވަޒީރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ކުޑަކަމެއް ވެސް ނިންމުމުގެ ގާނޫނީ ސައްހަކަމާމެދު ކުޑަވެސް ސުވާލެއް އުފެއްދުމުގެ ޖާގައެއް އޭރަކުން ނުއޮންނާނެއެވެ. 

    މަޖިލީހުން ރުހުން ނުހޯދާ ވަޒީރުން މަގާމުގެ ހުވާކުރުމުގެ އިޖުރާތެއް އުފެދުނީ ސްޕްރީމް ކޯޓުން ނެރުނު ރޫލިންގ އެއްގެ ސަބަބުންނެވެ. ނޮމިނޭޓް ކުރުމާއި އެޕޮއިންޓް ކުރުމުގެ މަފްހޫމުގައި ނެރުނު ރޫލިންއަކުން މަޖިލީހުގެ ރުހުން ނުހޯދާ ވަޒީރުންނަށް މަގާމާއި ހަވާލުވެވޭނެ ކަމަށް ނިންމާ ޕްރޮސީޑެންޓެއް ގާއިމު ކުރުވީއެވެ. އެ ވަގުތު އޮތް ސަރުކާރުގެ މަސްލަހަތު ނެގެހެއްޓުން ކޯޓަށް މުހިންމު ވީއެވެ. 

    ވަޒިރުކަމަށް ރައީސް މީހަކު އައްޔަނުކޮށް މަގާމުގެ ހުވާ ކުރުމުން އެ މީހަކު ވަޒީރުން މަޖިލީހުގެ މެންބަރަކަށް ވަންޏާ، ރައީސް އައްޔަނު ނުކުރަނީސް ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މީހަކަށް މަޖިލީހުން ރުހުންދީ މަގާމުގެ ހުވާކުރުވާ މީހަކަށް ކެބިނެޓް ވަޒީރަކަށް ނުދެވޭންވީ ސަބަބެއް ނެތެވެ. ހަމަ އެހެން ރައީސް އައްޔަނުކޮށް މަޖިލީހުން ރުހުންދޭ މީހަކު މަގާމުގެ ހުވާނުކުރިޔަސް އެ މީހަކީ ކެބިނެޓް ވަޒީރެއް ކަމުގައި ވެވޭނެ ތާއެވެ. ނޫނެކެވެ. ނުވާނެއެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ވެވޭނީ ރާއީސުލް ޖުމްހޫރިއްޔާ އައްޔަނުކޮށް ރައްޔިތުންގެ މަޖީލިހުގެ ރުހުން ލިބިގެން މަގާމުގެ ގާނޫނީ ހުވާ ކުރުމުންނެވެ. އަޖައިބެކެވެ. ކަނު އަނދިރީގާ ބަރަހަނާކޮށް ހުރުމަކީ އޮރިޔާން ނިވާކޮށްގެން ހުރުން ކަމަކަށް ނުވާނެއެވެ. 

    މިހާރު ރާއްޖޭގައި ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރަމުން އަންނަ އުސޫލަށް ބެއްޔަސް މަޖިލީހުގެ ރުހުން ނުލިބުނު 3 މީހުންނަކީ ވަޒީރުން ކަމުގައި ބެލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތެވެ. ޑރ. ޝަހީމާއި ޑރ. ހައިދަރާއި އުސްތާޒް އުޝާމާ 3 ބޭފުޅުންނަށް އެ ބޭފުޅުން އައްޔަނުކުރި މަގާމުތައް ދިނުމަކަށް މަޖިލީހުގެ ރުހުމެއް ނެތެވެ. އެ 3 ބޭފުޅުން ކެބިނެޓްގައި ތިއްބެވުމަށް ފުރިހަމަ ވާންޖެހޭ ކަމަށް ގާނޫނު އަސާސީ ބުނާ މައިގަނޑު ތިން ރުކުނުން އެއް ރުކުން އެބޭފުޅުންގެ ފުރިހަމައެއް ނޫނެވެ. ފުރިހަމަ ވާންޖެހޭ 3 ރުކުނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތުމާއި މަގާމުގެ ގާނޫނީ ހުވާކުރުމެވެ. 

    ވަކި ވުޒާރާއަކަށް އައްޔަނުކުރާ ވަޒީރަކަށް އެ ވުޒާރާގެ ވަޒީރުކަން ކުރުމަށް މަޖިލީހުން ރުހުން ނުލިބުމުން މަތިމައްޗަށް އެ ވުޒާރާއަށް އެ ބޭފުޅަކު އައްޔަނު ކުރިޔަސް މަޖިލީހުގެ ރުހުން އޮތް ބޭފުޅަކަށް އެ ބޭފުޅަކު ނުވާނެއެވެ. މަޖިލީހުގެ ރުހުން ނެތްކަމަށް މަޖިލީހުން ކަނޑައަޅާފައި ބޭފުޅަކު ހަމަ އެ މަގާމަށް އައްޔަނުކޮށްގެން މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ އެއްވެސް ކަމެއް ކުރުމަކީ ގައިރު ގާނޫނީ ކަމެކެވެ. ވަކި ވުޒާރާއެއްގެ ވަޒިރުކަމަށް ރުންނެތް ކަމަށް މަޖިލީހުން ނިންމަފައިވާ މީހަކު އެ ވުޒާރާއެއްގެ ވަޒީރުގެ ހައިސިއްޔަތުން ނިންމާ ނިންމުންތަކާ ކުރާ ކޮންމެ ކަމަކީ ގައިރު ގާނޫނީ ކަމެކެވެ. ދައުލަތުގެ އެއްވެސް ކަމެއް ގާނޫނީ ހައިސިއްޔަތު ނެތި ކުރާ މީހާއާއި ކުރުވާ މީހާއަކީ މުޖުރިމުންނެވެ.

    މަޖިލީހުން ރުހުން ނެތްކަމަށް ކަނޑައެޅި ފަހުން ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަލްއުސްތާޒު އަހުމަދު އުޝާމް ކުރާ ހުރިހާ ކަމަކާއި ނިންމާ ނިންމުމަކީ ގައިރު ގާނޫނީ ކަންކަމެވެ. މަޖިލީހުގެ ރުހުންނެތް ބަންޑާރަ ނައިބަށް ދައުލަތް ތަމްސީލެއް ނުކުރެވޭނެއެވެ.

    މަޖިލީހުން ރުހުން ނެތްކަމަށް ކަނޑައެޅިފަހުން ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ހައިދަރު ކުރާ ހުރިހާ ކަމަކާއި ނިންމާ ނިންމުމަކީ ގައިރު ގާނޫނީ ކަންކަމެވެ. މަޖިލީހުން ރުހުން ނެތްކަމަށް ކަނޑައެޅިފަހުން އިސްލަމިކް މިނިސްޓަރ ހައިސިއްޔަތުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރާ ހުރިހާ ކަމަކާއި ނިންމާ ނިންމުމަކީ ގައިރު ގާނޫނީ ކަންކަމެވެ.

    ބުނެވިދިޔަ 3 މިހުން ލައްވާ ގައިރު ގާނޫނީ ކަންކަން ކުރުވަމުން ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޑރ. މުއިއްޒު ގާނޫނު އަސާސީއާއި ހިލާފަށް އެ 3 މީހުން ލައްވާ ހިންގުވާ ގައިރު ގާނޫނީ ކަންކަން ދައުލަތުން ހުއްޓުވާ ފިޔަވަޅު އަޅަން ޖެހެއެވެ. ކޯޓުތަކާއި މަޖިލީހުން އެކަން ނިމުމަކަށް ގެންނަން ޖެހެއެވެ. ސަލާމަތީ ހިދުމަތް ތަކުން ވިޔަސް މި ދައުލަތް ހަމަ މަގަށް އަޅުވަން ޖެހެއެވެ. ޑރ. މުއިއްޒު އިސްވެހުރެ ގާނޫނު އަސާސީގެ ބާރުކަނޑުވާލަން ހިންގާ ޖަރީމާ ރައްޔިތުން ނުކުމެވެސް ހުއްޓުވާ ހިސާބަށް ހިނގައްޖެއެވެ.  

    ]]>
    Tue, 13 Feb 2024 15:45:05 +0500 ނިއުސް ޑެސްކް
    ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ޖަވާބުދާރީ ކުރުވަންޖެހޭ: ސަލީމް https://heerasnews.com/2257 https://heerasnews.com/2257 ގާނޫނުއަސާސީން މިނިސްޓަރުންނާ ސުވާލު ކުރުމުގެ ހައްގު ވަރަށް ފުޅާކޮށް ދީފައި އޮވެއެވެ. އިތުރު ގާނޫނެއް އެކަމަށް އޮތުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމު އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނެސްދެއްވައިފިއެވެ.

    ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނާ ހެދި، ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި މެމްބަރުންނަށް، މިނިސްޓަރުންނާ ސުވާލުކުރަން ދީފައިވާ ހައްގު ހަނިވާ ކަމަށް ވެސް އަހުމަދު ސަލީމު ވިދާޅުވެއެވެ. މިނިސްޓަރުންނާ ސުވާލު ކުރުމާ ގުޅޭ ތަފްސީލްތައް ގާނޫނުއަސާސީއަށް ފުށުނާރާ ގޮތަށް ހިމަނަން ޖެހެނީ މަޖިލީހުގެ ގަވައިދުގައި ކަމަށް ސަލީމް ވިދާޅުވެއެވެ. 

    ދުނިޔޭގެ ރިޔާސީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި އޮންނަގޮތް ސަލީމު ވިދާޅުވެ ދެއްވިއެވެ. "ވަޒީރުން މަޖިލީހުގެ މެންބަރުންނާ ސުވާލު ކުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަނޑައަޅާފައި އޮންނަނީ ހައުސް ރޫލްސްގެ ތެރޭގައި. ނުވަތަ މަޖިލިސް ހިންގާ ގަވައިދުގެ ތެރޭގައި،" ގައެވެ. 

    ހައްސާސީ މުހިންމު ކަންކަމުގައި މިނިސްޓަރުން ނޯޓިސް ދިނުމަކާ ނުލައި ހާޒިރު ކުރަން ވެސް ގާނޫނު އަސާސީން މަޖިލީހަށް ފުރުސަތު ދެއެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ މިހާރު އޮތް ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު ކަމަށް މެންބަރު ސަލީމް ވިދާޅުވެއެވެ.

    ގާނޫނުއަސާސީން ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާ މަޖިލީހަށް ދީފައިވާއިރު، ގާނޫނުގައި ހަމައެކަނި މިނިސްޓަރުންނާ ސުވާލުކުރުން ކަމަށް ބަޔާންކޮށްފައި އޮތުމަކީ ޖަވާބުދާރީކުރުވަން ވަރަށް ބޮޑަށް ހުރަސް އަޅާ ކަމެކެވެ.

    މަޖިލީހުގެ ނައިބު ރައީސް ވިދާޅުވާ ގޮތުގައި " ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަކަށް ނޫން. އެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައިސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް. ގާނޫނުއަސާސީގައި މި ބުނަނީ ސަރުކާރުގެ އެހެން ވެސް މަގާމެއްގައި ހުރި މީހަކު އެމީހެއްގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ޖަވާބުދާރީވާން ޖެހޭނެ،" އެވެ. ގާނޫނުއަސާސީ ބައްޓަން ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހެއެވެ. ހަމައެކަނި މިނިސްޓަރުންނަށް މަޖިލީހަށް ޖަވާބުދާރީވުން މަޖުބޫރުކޮށްގެން ތިބުމަކީ މަޖިލީހަށް އޮތް ސަރުކާރު ޖަވާބުދާރީކުރުވުން ހަނިކުރުން ކަމަށް ސަލީމް ސިފަކުރައްވައެވެ. 

    އަނެއްކޮޅުން ރައިސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބު ޖަވާބުދާރީވާން ޖެހޭ ވަރަށް ހާއްސަ ހާލަތްތައް ވެސް އެބަހުއްޓެވެ. އެކަމަށް އިޖުރާއަތެއް މަޖިލީހުގައި ހެދިފައި ނެތުމުން އެކަން މިހާތަނަށް ކުރެވިފައިނުވާ ކަން ސަލީމް ފާހަގަ ކުރައްވައެވެ. އެހެންކަމުން 

    އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސަރުކާރުގެ އެހެން ވެރިން ވެސް މަޖިލީހަށް ޖަވާބުދާރީ ކުރުވޭނެ އިޖުރާއަތްތައް މަޖިލީހުގެ ގަވައިދުގައި ހިމަނަން ޖެހެއެވެ. "އެކަން އެ މަގު ހިނގަން މަޖިލީހަށް ލާޒިމް، ވާޖިބު ކަމެއް. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާ. އެހެންވެ އަޅުގަނޑުގެ ހުށަހެޅުމަކީ ވަޒީރުންނަށް ސުވާލު ކުރުމުގެ ގާނޫނު އުވާލައި، ގާނޫނުއަސާސީން ލިބިދޭ ސަރުކާރު ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހޭ ގެންނަން ޖެހޭ އިސްލާހުތައް ގަވައިދަށް ގެނައުން،" ސަލީމް ވިދާޅުވި އެވެ.

    ]]>
    Tue, 13 Feb 2024 13:06:26 +0500 ނިއުސް ޑެސްކް
    ޕީއެންސީ ޕްރައިމަރީ & މުއިއްޒު ނިމުމުގެ ފެށުން https://heerasnews.com/2256 https://heerasnews.com/2256 ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި ގިނަ މީހުންނަކީ ރައީސް ޔާމީނުގެ ވަފާތެރިންނެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީވެސް މުއިއްޒަށެވެ. ރައީސް ޔާމީނަށް ވެރިކަން ހޯދައިދޭން ފޫގަޅައިގެން ތިބި އެތައްބަޔަކު މަޖިލިސް ޕްރައިމަރީއަށް ނިކުމެ ޓިކެޓް ހޯދީ ފިސާރި ރޭވުންތެރިކަމާއި އެކު ހޭލާ ތިބެއެވެ. 

    ޕްރޮގްރަސިވް ކޯލިޝަނުން ހަމައެކަނި މަޖިލީހަށް ވާދަ ކުރެވޭނީ ޕީއެންސީން ނިކުންނަ ކެންޑިޑޭޓުންނަށް އެކަނި ކަމަށް ދުރަލާ ނިންމީ ކަމެއް ވެގެންނެވެ. ޕީޕީއެމް ޓިކެޓްގައި މަޖިލީހަށް މީހުން ނުނެރޭން ނިންމީ ޕީޕީއެމަށް މުއިއްޒު އިތުބާރު ނުކުރާތީއެވެ. ގައްސާނާއި ސިޔާމަށް ވަޒީރުކަމަށް ރުހުން ނުދޭން އެމްޑީޕީއާ ލޮބީކުރި ވާހަކައަކީ ވެސް ފުލޯކެއް ނޫނެވެ. ޕީއެންސީ ބޮޑުކޮށް ޕީއެންސީ ބާރުވެރިކުރުވީ ރިޔާސަތުން ޕީޕީއެމްގެ ނަން ފުހެލާށެވެ. މަޖިލިސް އިންތިހާބު ވަންދެން ޕީޕީއެމް ވެގެން ތިއްބަސް ޕީޕީއެމްގެ ނަންވެސް އޭގެ ފަހުން ނުގަނެވޭނެއެވެ. ޕީޕީއެމްގެ ގްރާސްރޫޓްގެ ބޮޑުބައެއް ޕީއެންސީ ކަހާލެވެން އޮތީ މަޖިލީހުގެ އިންތިހާބުގެ ތެރޭގައެވެ. 

    ޕީޕީއެމްގެ ކޮންޓްރޯލު އަދިވެސް އޮތީ ރައީސް ޔާމީނުގެ އަތުގައިކަން މުއިއްޒަށް އެނގެއެވެ. ޕްރައިމަރީ ވޯޓުގެ ކުރިންވެސް ޕްރައިމަރީގައި ބަޔަކަށް ވާދަނުކުރެވޭ ގޮތް ހެދިނޫން ހެއްޔެވެ. ނަމަވެސް އެނބުރުންގަނޑު ބޮޑުވެ ކެނބު ކަނޑައިގެން ހިނގައިދާނެ ކަމުގެ ބިރަށް އެދޭހާ ބަޔަކަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދިނީ ގޮތް ހުސްވެގެންނެވެ.

    ވީގޮތެއްވެ ލީގޮތަކަށް ވޯޓުލާ ބަޔަކު ޕްރައިމަރީ ކާމިޔާބު ކުރިއެވެ. ކަމަކު ދާކަށްނެތެވެ. ގެރިހަން ލައިގެން ތިބި ސިންގާ ތަކެއް ޓިކެޓަށް ހޮވުނުކަން މުއިއްޒަށް އެނގުނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެގަހު ކޭލެއް މިގަހު ކޭލެއް އެޔަކުން ވަތްކެއް ނުވެއެވެ. ދިން ޓިކެޓް އަތުލާނެ މީހެއް ނުލާނެ މީހެއް ނޭނގުނެވެ. އެންމެ ފަހުން ޖެހުނީ ޓީކެޓް އޮތްތާކު ބާއްވަފައި ވަފާތެރިހެން ހީވާހާ މީހަކީ މަގޭ މީހާއޭ ބުނެ އެމީހާ ހޮވައިދޭން އުޅޭށެވެ. 

    ޕީއެންސީ ޓީކެޓަށް ދާއިރާތަކުން ބަޔަކު ހޮވިފައި ތިއްބަސް ވެރިކަން ދަމަހައްޓަން ޖެހޭތީ ބޮޑު ހޯގުޅާ ތަކަކަށް ވަކިވަކި ދާއިރާ ދޫކޮށްލަން މުއިއްޒަށް އޮތީ ޖެހިފައެވެ. ބައެއް ދައިރާތަކަށް ޕީއެންސީން މީހުން ނުނެރޭން ނިންމާ ދާއިރާ ހަދިޔާ ކުރަންވެސް ޖެހުނީއެވެ. ބުރުމާ ގާސިމާއި ސަން ސިޔާމާއި ކާނަލް ނާޒިމަށް އެއޮތީ އެމީހުން ބޭނުންވީ ދާއިރާ ދޫކޮށްލާފައެވެ. އެދައިރާތަކުގައި ތިބި މަޖިލީހަށް ޝައުގުވެރި ޕީއެންސީ މެންބަރުން އެކަމާ އެތިބީ ދަތްވިކައިގެންނެވެ.   

    އަނެއްކޮޅުން ގާސިމަށް ހުޅުމާލޭ ދެކުނު ގޮނޑި ވިއްކާލައިގެން ޝާންކޮ ހުއްޓުވަން އުޅުނީމާ ވީގޮތް ފެނިއްޖެ ނޫން ހެއްޔެވެ. ޝާންކޮ ދާއިރާގެ ހުރިހާ ގޭބިސީއެއްގެ ފެނާ ކަރަންޓާއި ކުލި ފަސް އަހަރު ދުވަހަށް މާފުކޮށް ދެވޭހާ ހިތްވަރެއް މުއިއްޒު ގަޔަކު ނެތެވެ. ޝާންކޮ ހުއްޓުވޭނީ އެވަރު ހުރިއްޔާ ނޫން ހެއްޔެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ. ބުރުމާ ގާސިމަށް އިތުބާރުކޮށްގެން ސިޔާސީ ކަމެއް ކުރުމެކޭ ގެއަށް މިނިކާވަގެއް ވައްދައިގެން އުޅުމެކޭ އޮންނާނީ ކޮން ތަފާތެއް ހެއްޔެވެ. 

    މުއިއްޒު މަޖިލީހަށް ޓަކާ މިޖަހާ މަރުސަކަރާތުން ފައިދާ ލިބެނީ ޔާމީނަށާއި އެމްޑީޕީއަށެވެ. ރޫޅިވެރި ބާރު ކެނޑެމުން ދަނީ މުއިއްޒުގެއެވެ. ގަސްވެރިޔާ ލައްވާ ގަސްކަނޑާ ވައްޓާލާތަން ބަލަން ތިބެމާ ހިނގާށެވެ.   

    ]]>
    Mon, 12 Feb 2024 21:31:29 +0500 ނިއުސް ޑެސްކް
    ޔާމީނު ބާރުވެރިވުމުގެ ވަގުތު ޖެހެނީ! https://heerasnews.com/2255 https://heerasnews.com/2255 މުއިއްޒު ސަރުކާރަށް ރައްޔިތުން ކުރި އިތުބާރު ގެއްލިއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީއަކީ ސަމާސާ އަކަށް ނޫނެވެ. ރައީސް މުއިއްޒުގެ ފުށުން ރެޔާއި ދުވާލު ފެންނަނީ އިތުބާރު ގެއްލޭ ކަންކަމެވެ. ވެރިކަމަށް އައުމަށް އޮޅުވާލި އޮޅުވާލުން ތަކާއި ދޮގު ވައުދު ތަކުން ފެށިގެން ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިތުބާރު ހިފޭ އެއްކަމެއް ނުފެނެއެވެ. ފައްޔާޒު އެ ވިދާޅުވިއްޔަކީ ދޮގު ވާހަކައެއް ނޫނެވެ. 

    ވިސްނާލަ ބަލާށެވެ. ބާލަން ވެރިކަމަށް އެރި އިންޑިއާ ސިފައިންގެ ބާލަނީ ޔުނީފޯމެވެ. ގެއްލުނު ކަނޑު ހޯދުން ހަދަނީ ދައުލަތުން ފައިސާފެލާ އޮތްބަކަށެވެ. މިނިވަންކުރަން ވައުދުވީ ރައީސް ޔާމީންގެ ކިބައިން މިނިވަންކުރީ ޕީޕީއެމް-ޕީއެންސީއެވެ. ވެރިކަމަށް އާދެވެންދެން ހަރާންވި ޔާމީނުގެ ހުކުން ވެރިކަން ލިބުމާއެކުވީ ހަލާލެވެ. ހުސް ގޮނޑިއެއް ދައްކައިގެން ވެރިކަން ހޯދާ ހުސްގޮނޑި ތަކަކަށް ރިޔާސީ ބަޔާން އިއްވާ ހުސްގޮނޑިއަށް ބާރު ހޯދަން ދިޔައީ ސްޕްރީމް ކޯޓަށެވެ.

    މުސާރަ ދޭނޭ ފައިސާ ނެތިގެން ކުންފުނިތަކުން އެތައް ސަތޭކަ މުއައްޒަފުން ކަނޑާ މަގުމަތި ކުރަމުން އައްޔަނު ކުރަނީ އަތްގުޅި ނުކާވަރު ބޮޑު މުސާރައިގައި އެތައް ސަތޭކަ ސިޔާސީ މުއައްޒަފުންނެވެ. ރަށްރަށުގައި ގާއިމު ކުރަމުންދާ ފެނާ ނަރުދަމާގެ ނިޒާމު ހުއްޓުވާ އަޅަން އުޅެނީ ބަޖެޓްގައި ނެތް ކެންޕޭން އެއަރޕޯޓް ތަކެވެ. މާލެ ސަރަހައްދުން މާލޭ މީހުނަށް ދޭން ކަނޑައަޅާފައިވާ ގޯތިތައް ނުދީ މާލޭ މީހުނަށް ގޯތިދޭން ހިއްކަން ފެށީ ބަޖެޓްގައި ނެތް ފުށިދިއްގަރުފަޅެވެ. ބަނދަރާ މަގާ ނުހެދުނަސް އަޅަން އުޅެނީ ބިލިޔަން ޑޮލަރުގެ ކަނޑުއަޑީ ޓަނަލެވެ.

    ރާއްޖޭގެ ކުދި ކުދި ބޭސް ފިހާރަތަކާއި ކުލިނިކް ތަކާއި ހޮސްޕިޓަލް ތަކުން ހޯދި ހިދުމަތަށް ދޭނެ ފައިސާއެއް އާސަންދައަކު ނެތެވެ. އަވައްޓެރި ގައުމުތަކުން ހޯދި ހިދުމަތަށް ދަރަނި އަދާކުރާނެ ފައިސާ ނެތިގެން އަސަންދަ އޮތީ ދޮޅި ފެނުގައެވެ. އެކަމަކު ނެތް ފައިސާއިން އާސަންދައިގެ ހިދުމަތްދޭން ބެންކޮކާ ދުބާއީ ހުޅުވާލަނީއެވެ. އޭރުންވެސް އިތުބާރުކޮށް ޖަހަންވީ އަތެވެ.

    ހުވާކުރި ޖަލްސާގައި އަނގަފުރާފައި ބުނީ އިގުތިސާދީ ފުންވަޅުގަޑެއް އޮތް ވާހަކައެވެ. އެހެން ބުނަމުން ދިދަ ހެކިކޮށް ބުނީ ގިރާވަރުފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމަޔަށް ބުރުޖު ހަލީފާތައް ކޯދުލާ ބިންފަޅާ އަރާނެ ވާހަކައެވެ. ޑްރޯނުން ސަރަހައްދު ބެލެހެއްޓުމާއި މަސްވެރިންނަށް ކިރާ މަހުގެ އަގު 48ގަޑިއިރު ތެރޭގައި ދިނުމާއި ބޯންމެރޯ ހެދުމާއި ތަރައްގީގައި ގުދަށްތިބެ ދުބާއީ އެތިބަ ދައްކަނީއެވެ. 

    އިގުތިސާދު ރޫފަޖެހި ބޯކޮށް ޑޮލަރު ވަދެ އެތެރެއެއް ބޭރެއްނެތި މިނެއްނެތި ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނި ޑޮލަރަށް ވީވަރަކީ 25 ޑޮލަރަށްވުރެ މަތީގެ މުއާމަލާތެއް ނުހިންގޭ ގޮތްވުމެވެ. ޑޮލަރު ނުލިބިގެން ފިހާރަތަކުގެ ދޮރުމަކުޑި އަޅުވަން އޮތީ ޖެހިފައެވެ. ބާޒާރުން މުދާ ހުސްވެ އަނގަޔާ އަތާ ދިމާ ނުވާން ފެށީމާ 16 މިލިޔަނުގެ ޖަގޫޒީއަށް އެރިތިބޭތަން ފެންނާނީ މަޖޫރީންނެވެ.  

    ގާނޫނު އަސާސީއާއި ހިލާފުވުމުގައި ވެސް މިވަރުކަމެއް ނެތެވެ. ރިޔާސަތާއި ކެބިނެޓާ ދޭތެރެއަށް ގާނޫނު އަސާސީ ނުދަންނަ ބޮޑުވަޒީރަކު ހުރެއެވެ. ލާމަރުކަޒީ ގާނޫނުގެ ބާރުތައް ދަތްދޮޅި ވަޒީރުގެ އަންބޮޑިއަށް ޖަހަލައިފިއެވެ. ރެއަކަށް އިރުއޮއްސި އަލިވިލުނުއިރު ގަނޑުކޮށް ހުރިގޮތަށް ވިކުނު 13ހަށި ގަނެލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހުއްދަނެތި ފުށިދިއްގަރުފަޅާއި ހުޅުމާލެއިން ބޭރު ކުންފުންޏަކަށް ބާޓާ އުސޫލުން ބިންދީފިއެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ބަޔަކަށް ވަޒީރުކަން ދީގެން ވަޒީރުންގެ މަޖިލީހުގައި އެބަ ގެންގުޅެއެވެ. ގާނޫނާ ހިލާފަށް އަނބިމީހާއަށް ނޯޕޭލީވެއް ހޯދައިގެން ނޯޕޭލީވްގައި ބަހައްޓައިގެން ދައުލަތުން ފައިސާ އެބަ ނަގުވައެވެ. 

    މަޖިލީހުގައި ތަމްސީލު ނުކުރެވޭ ގޮތަށް ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ އޮތީ ހިސޯރުކޮށްފައެވެ. ޕްރައިމަރީގައި ޕާޓީމެންބަރުން ވޯޓުދީގެން ޕާޓީގެ ޓިކެޓަށް ހޮވާ ކެންޑިޑޭޓް ހުއްޓާ އެހެން މީހަކަށް ވާގިދީގެން ޕާޓީ ނިޒާމާއި "ޑިމޮކްރެޓީކް ވެލިއުސް" ވެއްޔާ މޮޑެލަނީއެވެ. 

    ގޮތްފޮތް ވެރިއެއްގެ ކިބައި އެވަރަށް ނެތުނީމާ އިތުބާރަކީ މީހުން ކުރާނެ އެއްޗެއް ނޫނެވެ. މުއިއްޒަށް ކިރިޔާވެސް ބާރެއް މަޖިލީހުން ލިބިއްޖެނަމަ ރާއްޖޭގައި މިހުނަށް ދިރިއުޅުމާ ނުކުޅަދާނަ ވާނެއެވެ. ދިވެހިންނަށް އެންމެ ހެޔޮގޮތަކީ ވީހާ އަވަހަކަށް ވެރިކަމުން މުއިއްޒު ފައްސާ ނަގާލުމެވެ. ހޮޅި ވައުދުވެ ހޮޅިހޮއްލަން މުއިއްޒު ބެހެއްޓޭކަށް ނެތެވެ.  ޕީޕީއެމް-ޕީއެންސީގެ ބާރު ޔާމީނުގެ އަތްމައްޗަށް އަލުން ގެނައުން ނޫން ރަނގަޅު އެއްވެސް ގޮތެއް ޕީޕީއެމް-ޕީއެންސީއަކަށް މިހާރަކު ނެތެވެ. ޔާމީނު ބާރުވެރިކުރުމުގެ ވަގުތު މިހާރު ޖެހިއްޖެއެވެ.        

    ]]>
    Mon, 12 Feb 2024 19:51:37 +0500 ނިއުސް ޑެސްކް
    ގޯތިތައް ރަސްމާލެއަށް&ފްލެޓްތައް މުއިއްޒުގެ އައުވާނުންނަށް https://heerasnews.com/2254 https://heerasnews.com/2254 ދިވެހީންގެ ރާއްޖެ ފެށުނީ މުއިއްޒާ ހަމައިންނެވެ. އޭގެކުރީން ދިވެހި ރާއްޖޭގައި ހިނގަފައިވާ އެއްވެސް ކަމަކީ ދިވެހިންގެ ރާއްޖެއަށް އެޕްލައިވާނެ ކަންކަމެއް ނޫނެވެ. ކުރިން ދިވެހި ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމަކީ މުއިއްޒު ސަރުކާރުން އިހުތިރާމްކޮށް ދަމަހައްޓަން ޖެހޭ ކަމަކަށް ނުވެއެވެ. ކުރީގެ ސަރުކާރު ތަކުން ނިންމާފައިވާ ކަންކަމަކީ އެގޮތުގައި ދެމިގެންދާނެ ކަމެއް ކަމަކަށް މުއިއްޒު ސަރުކާރުން ގަބޫލެއް ނުކުރެއެވެ. ކުރީ ސަރުކާރުން ފަށައިގެން ކުރިއަށް ގެންގޮސްފައި އެއްވެސް ކަމަކީ މުއިއްޒު ސަރުކާރުން ކުރިއަށް ގެންގޮސް ނިންމަންޖެހޭ ކަމެއް ކަމަކަށް މުއިއްޒު ނުދެކެއެވެ.

    ރާއްޖޭގެ ކަންކޮޅު ތަކުގައި ކުރީގެ ސަރުކާރުން ފަށާ ނުނިމިހުރި މަޝްރޫއު ތަކާއި ތަރައްގީގެ މަސައްކަތްތައް އޮތް ހިސާބެއްގައި އޮތީ ބާއްވާފައެވެ. ހުއްޓަލާފައެވެ. ފަޅެއްވިޔަސް ބަނދަރެއް ވިޔަސް ނަރުދާމައެއް ވިޔަސް އޮތީ ހުއްޓާލާފައެވެ. މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ކަންކަންވެސް ވަނީ މުޅިންހެން ހުއްޓާލާފައެވެ. 

    މާލޭ ސަރަހައްދުން ގޯތިދޭން ހިއްކާ ބިން ހިއްކުން ވެސް ވަނީ ހުއްޓިފައެވެ. ބޯހިޔާވަހި ކަމުގެ ޖުމްލަ ހައްލޭ ބުނެ ބަޖެޓްގައި ނެތަސް ފުށިދިއްގަރުފަޅު ހިއްކަނީއެވެ. ބަޖެޓްގައި ނެތަސް ގުރައިދޫގައި އެއަރޕޯޓް އަޅަން ވީއެވެ. މަގޫދޫގައި އެއަރޕޯޓެއް ނިމިނިމި އޮއްވާ ޖެހިގެން އޮތް ނިލަންދޫގައި އެއަރޕޯޓް އަޅަން ނިންމިީއެވެ. 

    މަލޭ ސަރަހައްދުގެ ބޯހިޔާވަހި ކަމަށް ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯތިދޭން ނިންމާ ކުރީ ސަރުކާރުން ހިއްކަމުން ދިޔަ ބިންތައް ހިއްކުން ހުއްޓާލާ ގޯތިތައް ބަދަލުކުރަން ނިންމީ ފުށިދިއްގަރުފަޅަށެވެ. އެނިންމުން އަދިވެސް އޮތީ އެގޮތަށެވެ. ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ހަވާލުކުރާ ވާހަކައަކީ މަޖިލިސް އިންތިހާބަށް މާލޭ މީހުންގެ ލޮލުގާ އަޅުވާ އަނދުނެކެވެ. 

    މާލޭ މީހުން މިދާކަށް ދުވަހު ސަލްޓަންޕާކުގައި ބޭއްވި ގޯތި ސައްލާގައި މުއިއްޒުގެ މަންދޫބެއްގެ ގޮތުން އައި ފިރުޒުލްގެ ވާހަކައިން އެކަނިވެސް ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯއްޗަކީ ލިބެން އޮތް އެއްޗެއް ނޫންކަން ސާފުވާނެއެވެ. ކުރީ ސަރުކާރުން އިންވަކިކޮށް ގޯތި ކަނޑާ ރަޖިސްޓްރީ ހަދާދީފައިވާ ފަރާތްތަކަށް ބިންތައް ހަވާލުނުކޮށް ދަންމަނީ ދިގެވެ.

    ގޯތި ލިބޭނެކަމަށް ގެޒެޓްކޯށް އިއުލާނު ކޮށްފައިވާ ފަރާތްތަކަށް ދޭން ހިއްކަމުން ދިޔަ ބިން ހިއްކުން ހުއްޓާލާ ނުހިކޭ ބިމުން ގޯތި ނުދިނުމުގެ ބަހަނާ އަކަށް ދައްކަނީ ގޯތީގެ ރަޖިސްޓްރީ ހަދާ ދިނުމަކީ ގާނޫނީ މައްސަލައެއް ކަމަށް ހަދައިގެންނެވެ. ކަނޑު ހުރަސްކޮށް ޓަނަލްއަޅަން ބުނާ މީހާއަށް ފަޅުން ގޯތި ކަނޑާ ދިނުން ގާނޫނީ މައްސަލައަކަށް ވެއްޖެއެވެ. މާލޭ މީހުން ބާޑިޖަހައިގެން ފަޅުމެދުން ގޯތި ހިއްކާ ފާލަން އަޅައިގެން ގޯއްޗަށް ދިޔަކަމެއް ވަށަފަރު މީހަކަށް ނޭނގިދާނެއެވެ. ހަމަގައިމުވެސް މިޒަމާނުގައި މޫދުގައި ގެއަޅައިގެން އުޅެވިދާނެކަން ނޭނގިއެއް ނުހުންނާނެއެވެ. އެކަމުގާ އޮތީ ކޮން ގަނޫނީ މައްއސަލައެއް ހެއްޔެވެ. އޮތިއްޔާ އޮތް މައްސަލައަކީ މަޖިލިސް އިންތިހާބު ކުރިމަތީގައި އޮތުމެވެ.

    ގިނަ އަދަދެއްގެ މާލޭ ރައްޔިތުންނާ ގުޅިފައިވާ ކަމަކަށް ގޯތި ދިނުމުގެ މައްސަލަވާތީ އެކި ބަހަނާގައި ލަސްކޮށް ފަސްކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމެންދެނެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ފަހުން ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ނުދޭން ނިންމާ ރަސްމާލެއަށް ގޯތިތައް ބަދަލުކޮށްލާނެއެވެ.

    ގެދޮރުވެރި ސްކީމްގެ ފްލެޓްތަކުގެ މައްސަލަ ވެސް ކޮޅެއްގައި ނުޖައްސާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމެންދެން ދިގު ދައްމާލަނީއެވެ. ޕިއެންސީން މަޖިލީހަށް ވާދަކުރާ މުއިއްޒަށް ވަފާތެރި ކެންޑިޑޭޓުން ބޭނުންވާ ބަޔަކަށް ކެންޑިޑެޓުންގެ ސީނިއަރިޓީއަށް ބަލައިގެން ދޭނެ ފްލެޓްގެ އަދަދު އޮތީ ކަނޑައެޅިފައެވެ.  ބޭނުމަކީ ފްލެޓް ދައްކައިގެން މަޖިލީހަށް މުއިއްޒުގެ ބަޔަކު އިންތިހާބު ކުރުމެވެ. އެހެންކަމުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ގިނަ ބަޔަކަށް ފްލެޓް ނުދީވާނެ ގޮތެއް އޭސީސީ މެދުވެރިކޮށް ހެދީއެވެ.

    ކުރީގެ ސަރުކާރުން ގެޒެޓްކޮށް ފްލެޓް ލިބޭނެކަން ކަށަވަރުކޮށްދީފައިވާ ހަތަރުހާސް މީހުންގެތެރެއިން 60 އިންސައްތަ މީހުން ބާކީކޮށްލަނީ މުއިއްޒުގެ ކެންޑިޑެޓުންނަށް ވޯޓު ހޯދަން ފްލެޓް ބަހާށެވެ. ރައްޔިތުންގެ މަޖިލީހުން ރުހުންނުދީ ހުރި ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް ދޭ ގާނޫނީ ލަފައަށް ގައިރު ގާނޫނީ ހައުސިން މިނިސްޓަރ ހައިދަރު ލައްވާ ފްލެޓް ކުޅި ކުޅުވަން މުއިއްޒު ފޫގަޅައިގެން އެހުރީ މަޖިލިސް އިންތިހާބު ނިމެންދެނެވެ. މަޖިލިސް އިންތިހާބަށް ފަހު މުއިއްޒުގެ ގޮށްމުށުގެ ބަލާ މުސީބާތް މުޅިގައުމަށް ޖެހެނޭއެވެ.

    ]]>
    Sun, 11 Feb 2024 21:32:57 +0500 ނިއުސް ޑެސްކް
    މުއިއްޒު ކުޅޭ ޑްރާމާ ސީރީސް: ޝަހީދުއަލީ އެޕިސޯޑް https://heerasnews.com/2253 https://heerasnews.com/2253 ހައްގަކީ މުއިއްޒާއި މުއިއްޒުގެ ސަރުކާރެއް ނޫނެވެ. ނިއްކުރިން ނައްޓާ ބުމަމަތީ ކުރަގަނޑެއް ހުރުމަކީ ތަގުވާވެރިކަމުގެ ސިއްކައެއް ނޫނެވެ. ނަމާދަށް އަރާ ފޮޓޯނަގައިގެން އެ ފޮޓޯތައް މީޑިއާގައި ދައުރު ކުރުވުމަކީ އަޅުވެރިއެއްކަން ރަމްޒު ކޮށްދޭ ކަމެއް ވެސް ނޫނެވެެ. 

    ހެއްދެވިހާ ދޮގެއް ހަދަމުން ހިތް ނޭދޭ ގޮތަށް އެހެން މީހުން ދައްކާ ކޮންމެ ވާހަކައަކީ ދޮގެއް ކަމަށް ސިފަ ކުރަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. އެންމެނަކު ދައްކާނީކީ ތިމާ ބޭނުންވާ ވާހަކައެއް ނޫނެވެ. ފަތުރާނީކީ ވެސް ތިމާ ބޭނުންވާ ހަބަރެއް، ތިމާ ބޭނުންވާހާ ގޮތަކަށް ނޫނެވެ. މާތްވެގެންވާ އިސްލާމް ދީނާއި ގައުމީ ބަތޮލުންނަކީ މުއިއްޒުގެ ސިޔާސީ އައްޑަނައަކަށް ހަދައިގެން ދީނުގެ ކަރާމާތް ނަގާލަން އަބަދު ނޫޅޭށެވެ. ގައުމީ ބަތަލުންގެ ގުރުބާނީން ސިޔާސީ ފައިދާ ނަގަން ނޫޅޭށެވެ.

    ނުސީދާ އިބާރާތްތަކުން އޮފުދާރު ކޮށްގެން ވަޒަން ހަމަކޮށް ޅެމުގެ ޑޮކްޓަރު އަތުރާލަދޭ ބަސްތަކެއް ދުލުކުރިން ކިޔާލުމަކީ މުއިއްޒުގެ އިމާނާ އަގީދާ ނޫންކަން އޮޅޭހާ މީހުން ގަމާރެއް ނޫނެވެ. ފިލްމުތަކުގައި ނުބައިބައި ކުޅޭ މީހުންނަކީ އެ މީހުންގެ ހަގީގީ ދިރިއުޅުމާއި ތޮބީއަތުގައި އެވަރުގެ ނުބައި ނުލަފާ މީހުންނެއް ނޫނެވެ. ފިލްމުތަކުގެ ސްޓޯރީއަށް އެ މީހުން ކުރަނީ އެކްޓެވެ. މުއިއްޒު ވެސް ކުރަނީ ހަރުކަށި ގައުމިއްޔަތުގެ އެކްޓެވެ.

    މިއަދުވެސް މުއިއްޒު ކުޅުނީ މުއިއްޒު ކުޅެމުންދާ ޑްރާމާ ސީރީސް "ރައީސް މުއިއްޒު"ގެ އެޕިސޯޑެކެވެ. ޝަހީދުންގެ ދުވަހާ ގުޅުވައިގެން ގައުމާ މުހާތަބު ކުރުމުގެ ނަމުގައި އެ ކުޅުނީ އަލިރަސްގެފާނު އެޕިސޯޑެވެ. އާދަން ނަސީރު ޑައިރެކްޓްކުރި އަލިރަސްގެފާނު އެޕިސޯޑުގައި އަލިރަސްގެފާނު ހެދިގެން ޖެއްސި އެކްޓުން މުޅި އެޕިސޯޑްވީ ފްލޮޕެވެ.       

    ހައްދުފަހަނައެޅި ގައުމިއްޔަތު ބޮލަށްލައިގެން އަލިރަސްގެފާނު ހެދުނަކަސް ބަޔަކަށް ކަހެރުވަކެކޭވެސް ހީވާނެހެއްޔެވެ. ދޮގާ މަކަރާ ހީލަތުން ވެރިކަން ހޯދައިގެން ދޮގު ނުފަތުރާށޭ މުއިއްޒު ބުނަނީ މުއިއްޒަށްވުރެ މޮޅަށް ދޮގުހަދައިގެން އެހެން މީހަކު ވެރިކަން ޖަހައިގެންފާނެ ކަމަށް ގަންނަ ބިރަކުންނެވެ. ދޮގުހެދުމަށް އެނދުކެނޑިފައިވާ މުއިއްޒަށް ހީވާނީ އެހެން އެންމެންވެސް ހަދާނީ ދޮގުކަމަށެވެ. 

    ގައުމާއި އެއްކޮޅަށް ހަބަރުތައް ގެނެސްދިނުމަކީ މުއިއްޒު އަޅާހާ ބަތަކަށް ނޫސްވެރިން ރިހައެޅުމޭ ހީވަނީތާއެވެ. އަލިރަސްގެފާނުގެ ޖިހާދު މީޑިއާތަކާއި ވެސް މުހާތަބުކުރާ ކަމަށާއި، ގައުމާއި އެއްކޮޅަށް ހަބަރުތައް ފެތުރުމަށް ނަސޭހަތްތެރިވާ ކަމަށާއި ދޮގު ހަބަރު ނުފަތުރަން އިންޒާރުދޭ ކަމަށް ބުނެ އެކްޓް ޖެއްސިޔަސް ތިޔައީ މާކުރިން ދިވެހިން ބަލާ ފޫހިވެފައިވާ ޑްރަމާއެކެވެ. 

    ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވުމުގެ ވާހަކައާއި ދިވެހިންގެ ސަލާމަތް ދިވެހިން އަމިއްލައަށް ހޯދުމުގެ ވާހަކައަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އަވައްޓެރި އިންޑިއާ އާއި އަމިއްލައަށް ޖެހިގަނެ ރާއްޖެ ނުރައްކަލަށް ވައްޓާލާ ވަދެވުނު ވަލުން ނުނިކުމެވިގެން ދިވެހިންނަށް މުއިއްޒު ދޭންއުޅޭ ކެހީގެ މަތިއެޅުމެކެވެ. އަދުގެ ސިޔާސީ ފަރާތްތަކަށް މުއިއްޒު ދިން މެސެޖަކީ މުއިއްޒު ވެއްޓޭ ކޮންމެ ނުރައްކަލަކަށް ރާއްޖެ ވައްޓާލާނެ ކަމުގެ މެސެޖެވެ. މުއިއްޒަށް ނެތް ވެރިކަމެއް އެހެން މީހަކު ކުރަން ރާއްޖެ ސަލާމަތްކަން މަތީ ނުބާއްވާނެ ކަމަށް ދިން މެސެޖެވެ. 

    ދީނަކީ ގައުމަކީ ނަސްރަކީ ހައްގަކީ ހަމައެކަނި މުއިއްޒު ކަމުގައި ދިވެހީންނަށް ދައްކަން ކުޅޭ "ރައީސް މުއިއްޒު" ޑްރާމާ ސިލްސިލާގެ މިއަދުގެ އެޕިސޯޑްގައި ހައްދުފަހަނައެޅި ގައުމިއްޔަތުގެ ނަމުގައި ފުރައްސާރަކޮށް ހުރުމަތް ކަނޑާލީ އަލިރަސްގެފާނުގެ ޖިހާދުގެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދައި، ރާއްޖެއަކީ ބޭރުގެ އަސްކަރިއްޔާގެ ބާރު ނެތް ގައުމަކަށް މި ސަރުކާރުން ރާއްޖެ ހަދާނަމޭ ކިޔައިގެން އަދިވެސް އެ އުޅެނީ ރައްޔިތުން ނުރައްކަލަށް ވައްޓާލާށެވެ. 

    ]]>
    Sun, 11 Feb 2024 14:46:06 +0500 ނިއުސް ޑެސްކް
    ގައިރުގާނޫނީ ވަޒީރަށް ފްލެޓް ލިސްޓް ބާތިލެއް ނުކުރެވޭނެ https://heerasnews.com/2252 https://heerasnews.com/2252 މާލޭގައިދިރިއުޅޭ މީހުނަށް ހާއްސަކޮށްގެން ރައީސް ސޯލިހުގެ ވެރިކަމުގައި ތައާރަފްކުރި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމަށް އެތައްހާސް ބަޔަކު ކުރިމަތިލިއެވެ. ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯއްޗާއި ފްލެޓް ހޯދުމަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަނޑައަޅާ ވަގުތީ ލިސްޓެއް އިއުލާނު ކުރިއެވެ. އިއުލާނުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ ހުށަހެޅި ޝަކުވާތައް ބަލައިގަނެ ލިސްޓް މުރާޖިއާ ކުރިއެވެ. ހުށަހެޅި ޝަކުވާތަކަށް ރިއާޔަތްކޮށް ބެލުމަށްފަހު ދާއިމީ ލިސްޓް އިއުލާނުކުރިއެވެ.

    މާލެ ސަރަހައްދުން ފްލެޓް ލިބުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން ފުރަތަ ނިމޭ 4000 ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ވަނީ ސަރުކާރުން ގެޒެޓްކޮށް އާއްމު ކޮށްފައި އޮތް ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ފްލެޓްތައް ވަނީ ހަވާލު ނުކުރެވިއެވެ. އެހެން ކަމުން އައު ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިސްވެ ދެއްވިޔަގީން ކަމަކީ ރައީސް ސޯލިހު ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ ގެޒެޓްކޮށްފައިވަ ފަރާތް ތަކަށް ގޯއްޗާ ފްލެޓް ދެއްވާނެ ކަމުގެ ޔަގީންކަމެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އިސްވެ ހުންނަވާ އެންޓި ކޮރަޕްޝަން ކަމިޝަން މެދުވެރިކޮށް ފްލެޓް ދިނުން ހުއްޓުވާލީއެވެ. ފްލެޓަށް ޝަރުތު ހަމަކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ބަޔަކުލައްވާ ޝަކުވާ ތަކެއް ހުށަހަޅުވައިގެން ފްލެޓް ދޫކުރުން ހުއްޓުވިއެވެ.

    ކުރީ ސަރުކާރުން 4000 ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅާފައި ތިބި %60 މީހުންނަކީ ފްލެޓް ހައްގު ނޫން ބައެއް ކަމަށް އޭސީސީން ތިން މަހެއްހާ ދުވަހު ކުރިގޮތަކަށް ތަހުގީގުކޮށް ވަނީ ކަނޑައަޅާފައެވެ. ކުރީ ސަރުކާރުން ކަނޑައަޅާ ގެޒެޓްކޮށްފައިވާ ދާއިމީ ލިސްޓް އޭސީސީން ތިންމަހެއްހާ ދުވަހު ކުރިގޮތަކަށް ތަހުގީގު ކުރުވުމަށްފަހު ބާތިލުކޮށް ފްލެޓް ދޭނެ މީހުން އަލުން ކަނޑައަޅަން މުއިއްޒު ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. 

    އޭސީސީގެ ތަހުގީގަށް ބިނާކޮށް ޝަރުއީ ހުކުމެއްނެތި އެތައް ހާސް ބައެއްގެ ހައްގު ނިގުޅައިގަތުމުގެ ގާނޫނީ ބާރެއް މުއިއްޒުގެ ގައިރު ގާނޫނީ ހައުސިން މިނިސްޓަރަކަށް ލިބިގެން ނުވެއެވެ. ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ސަރުކާރުން ގެޒެޓް ކޮށްފައިވާ އެއްވެސް ފަރާތަކުން މިހާރު އެހައްގު ނިގުޅައި ގަނެވޭނީ އެންމެ ގޮތަކުންނެވެ. ފްލެޓް ލިބޭނެކަމަށް ދާއިމީ ލިސްޓްގައިވާ 4000 މީހުންކުރެ އެކެއްގެވެސް ފްލެޓްނުދީ ހިފެހެއްޓޭނީ ކޮންމެ މީހެއްގެ މައްސަލަ ވަކިވަކިން ތަހުގީގްކޮށް ހައްގުނޫންކަން ޝަރީއަތަށް ސާބިތު ކޮށްދީގެން ކުރާ ޝަރުއީ ހުކުމަކުންނެވެ. އެއް ވެރިކަމަކުން އަނެއް ވެރިކަމެއްގައި ނިންމާފައި ހުންނަ ކަންކަމުގެ ތެރެއިން ރައްޔިތެއްގެ ހައްގަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކުރެވޭނީ ޝަރުއީ ހުކުމަކުންނެވެ. ގެދޮރުވެރި ސްކީމުން ފްލެޓް ލިބޭނެކަމަށް ނިންމާ ގެޒެޓް ކޮށްފައިވާ އެކަކަށްވެސް ފްލެޓް ނުލިބޭނެ ކަމަށް ކަނޑައެޅޭނީ ހަމައެކަނި ޝަރީއަތުންނެވެ. 

    ގައިރު ގާނޫނީ ހައުސިންގ މިނިސްޓަރ ހައިދަރު ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މިހާރުކުރާ އެއްވެސް ކަމެއްގައި ގާނޫނީ ސައްހަކަމެއް ނުއޮންނާނެއެވެ. ވަޒީރުކަމަށް ރައީސް އައްޔަނުކުރާ މީހަކު މަޖިލީހުގެ ރުހުން ނުލިބެނީސް މަގާމުގެ ހައިސިއްޔަތުން ކުރާކަމެއްގެ ގާނޫނީ ސައްހަކަން އޮންނާނީ ރައްޔިތުންގެ މަޖިލީހުން އެމީހަކަށް ރުހުން ނުދިނުމާ ހަމައަށެވެ. މަޖިލީހުން ވަޒީރަކަށް ރުހުން ނުލިބޭ ވަގުތުން ފެށިގެން ވަޒީރުކަމަށް ރުހުން ނުލިބޭ މީހަކު ވަޒީރުގެ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކީ ގާނޫނީ ސައްހަކަން އޮތްކަމަކަށް ނުވާނެއެވެ. ޑރ. ހައިދަރު ހައުސިން މިނިސްޓަރުކަމުގައި ހުރުމަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތެވެ. 

    ގާނޫނީ ސައްހަކަން ލިބިގެންނުވާ ބާތިލު ވަޒީރަކަށް ފްލެޓް ލިސްޓް ބާތިލުކޮށް އަލުން ލިސްޓް އެކުލަވާލުމުގެ ބާރެއް ނުއޮންނާނެއެވެ. ބާތިލުކޮށް އަލުން އެކުލަވާލަންވީ ފްލެޓް ލިސްޓެއް ނޫނެވެ. ބާތިލުކޮށް މަގާމުން ފައްސާލަންވީ ވަޒީރު ކަމުގެ ގާނޫނީ ސައްހަކަން ގެއްލިފައިވާ ހައިދަރެވެ. 

    ]]>
    Sun, 11 Feb 2024 09:48:04 +0500 ނިއުސް ޑެސްކް
    ދިވެހީންގެ ރައީސަކީ ޑްރެގަން ޝީންޓޯއަކީތަ!؟ https://heerasnews.com/2251 https://heerasnews.com/2251 މާތް ރަސްކަލާނގެ ރަސްކަންފުޅު ފިޔަވައި ކަލާނގެ ވަންތަކަމަށް މީހުން ގަބޫލުކޮށްގެން އުޅޭ އެއްވެސް ފަރާތަކަށް ކަލާނގެ ވަންތަކަމުގެ ސިފަލިބިގެންވާ ކަމަށް ދޭހަވާ މޭރުމަކުން މުސްލިމަކު ބަހެއް ބުނުމަކީ އަދި ކަމެއް ކުރުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އަގީދާ ފާސިދުވެފައިވާ ބައެއްގެ ރުހުން ހޯދުމަށްވެސް ބާތިލު އަގީދާތަކަށް ހިތްވަރު ލިބޭ ގޮތަށް މުސްލިމުން ވާހަކަ ދައްކާ އުޅުމަކީ ބޮޑުވެގެންވާ ކުފުރެއްކަމަށް އިސްލާމީ އިލްމުވެރިން އިއްތިފާގުވެއެވެ. 

    ގައިރު މުސްލިމުންނާއި ގުޅުން ބޭއްވުމަކީ މުސްލިމުންނަށް މަނާކަމެއް ނޫނެވެ. ގައިރު މުސްލިމުންގެ ފަރާތުން ދުނިޔަވީ އެހީތެރިކަން ހޯދުމަކީވެސް ގޯހެއް ނޫނެވެ. ގޯހަކީ ގައިރު މުސްލިމުން ރުއްސުމަށްޓަކާ އެމީހުންގެ ބާތިލު އަގީދާއަކީ ގޯހެއް ނޫންކަމަށް ދޭހަވާހެން އެމީހުނާ ބައިވެރިވުމެވެ.

    ރައީސް މުއިއްޒަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހިންގެ ރާއްޖޭގެ ރައީސެވެ. ބައިނަލްއަގުވާމީ ގުޅުމުގެ ތެރެއިން ގައިރު މުސްލިމު ގައުމުތަކާ ރާއްޖޭން ގުޅުން ބާއްވާ އެހީތެރިކަން ހޯދުމަކީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ކުރައްވަން އެންމެ ރަނގަޅު ކަމެކެވެ. ވަކި ހާއްސަ ގާތް ގުޅުމެއް ޗައިނާ ފަދަ ފޯރާ ތަނަވަސް ގައުމަކާއެކު ބޭއްވުމަކީވެސް އޭގެ ޒާތުގައި ގޯހެއް ނޫނެވެ. އެހެނަސް ޗައިނާ ރުއްސުމަށްޓަކާ އެމީހުންގެ ބާތިލު ކަނލާގެ ޑްރެގަންއަށް ކަލާގެވަންތަ ކަމުގެ ސިފަ ލިބިގެންވާ ކަމަށް ގަބޫލުކުރެވޭ މޭރުމަކުން ރާއްޖޭގެ ރައީސް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

    ޑްރެގަން ކަލާނގެ ސިފަތައް ބަޔާން ކުރުމަކީ ޗައިނާ މީހުން އަޅުކަންކުރާ ޝިންޓޯ ދީނީ އަގީދާގެ އެންމެ މުހިންމު ބައެވެ. އެ ދީނުގައި ވާ ގޮތުން ޑްރެގަން ކަލާނގެ އަކީ ދަނޑު ގޮވާމަށް އެދި ދެންނެވޭ، ވާރޭ ގެ ރިޒްގަށް އެދި ދެންނެވޭ، އަދި މަސްވެރިކަން ތިޔާގި ކޮށްދެއްވުމަށް އެދި ދަންނަވާ ކަލާނގެއެވެ. ޑްރެގަން އީދުގެ ތަހުނޔާ މުއިއްޒު ފޮނުއްވެވީ އެ މާނަ ދޭހަވާ މޭރުމުންނެވެ.

    ކްރިސްމަސް ފާހަގަ ކުރުން މުސްލިމުންނަށް ހަރާން ވާހެން ޝިންޓޯ ދީނުގެ އާ އަހަރު ފާހަގަ ކުރުމަކީވެސް ކަނޑައެޅިގެންވާ ބޮޑު ޝިރުކެކެވެ. މުސްލިމުން އީދުގެ ގޮތުގައި ފާހަގަ ކުރުމަށް ޝަރުއު ކުރައްވާފައި ވަނީ ދެއީދު ދެދުވަހެވެ. ފިތުރު އީދާއި އަލްހާ އީދެވެ.  

    ޗައިނާގެ ދީނީ އާ އަހަރުގެ ތަހުނިޔާގައި ޗައިނާގެ ޑްރެގަން ކަލާނގެއަށް ފާގަތި ކަމާއި، ބާރާއި، ހިކްމަތް ލިބިގެންވާ ކަމަށް މުއިއްޒު ބުނި ބުނުމަކީ ޝިރުކުގެ އަމަލެއް ނޫންކަމަށް ބެލެވޭނެ ގޮތެއް ނެތެވެ.

    ޑްރެގަން އަކީ ޗައިނާގެ ގިނަ މީހުންގެ ކަލާނގެއެވެ. ޑްރެގަންއަކީ ކަނޑުއަޑީގައިވާ ރައިގޫ-ޖޯ އޭ ކިޔުނު ގަނޑުވަރެއްގައި ދިރިއުޅެމުން އަންނަ ބާރުގަދަ ޑްރެގަނެއް ކަމުގައި ޗައިނާގެ ޝިންޓޯ ދީނުގެ މީހުން ދެކެއެވެ. ދިޔަވަރު ބޮޑުވުމާއި، އުދައެރުމާއި، ތޫފާންތަކާއި ކަނޑުގެ މަތިވެރިކަން ކޮންޓްރޯލް ކުރާ ފަރާތަކީ ޑްރެގަން ކަމުގައި ޗައިނާގެ ކާފަރުން ދެކެއެވެ.

    ރިއުޖިން (ޑްރަގަން) އަކީ އެ މީހުން ދެކޭ ގޮތުގައި ދީލަތި ކަލާނގެއެވެ. ޑްރެގަނަށް ހެޔޮ އެދުންތައް ފޮނުވާ އިހުތިރާމްކުރާ މީހުންނަށް މަދަދުވެރިވާ ކަލާނގެ އެއް ގޮތުގައި މަގު ގެއްލިފައިވާ ކާފަރުން ޑްރެގަން ސިފަކުރެއެވެ. ޑްރެގަން ކަލާނގެ އަޅުންގެ ގޮތުގައި ކަހަނބާއި، މަހާއި، ޖެލީފިޝް ފަދަ ތަފާތު ކަނޑުގެ ދިރުންތައް ވާ ކަމުގައި ޗައިނާގެ ކާފަރުން ދެކެއެވެ. މުއިއްޒު ޑްރެގަންނަށް ހެޔޮ އެދުންތައް ފޮނުވާ އިހުތިރާމް ކުރާކަން ހާމަކުރީ ކޮން އެއްޗެއް ހޯދަން ހެއްޔެވެ. 

    ޗައިނާގައި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ކަނޑުގެ ނިއުމަތްތައް ލިބިފައި އެންމެ ބޮޑަށް އޮންނަ އައްސޭރިފަށުގައި އުޅޭ މުޖުތަމައު ތަކުގައި އެ ދީން ފެތުރިފައިވާލެއް ބޮޑެވެ. އެސަރަހައްދުތަކުގައި ޑްރެގަން ކަލާނގެއަށް އަޅުކަން ކުރާ ފައްޅިތައް ގިނައެވެ. ޑްރެގަން ކަލާނގެ ރުއްސުމަށް، ހަނޑުލާއި، ގޮވާމުގެ ބާވަތްތައް ޑްރަގަން އަށް ހަދިޔާ ކުރުމާއި، މުއިއްޒު ސަނާ ދެންނެވިހެން ޑްރަގަން އަށް ސަނާ ކިޔާއުޅެއެވެ.

    މުއިއްޒު މިކުރި ކަހަލަ ކަމެއް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ކުރިނަމަ ހީވީހީ އުޑުބޮލަށް ވެއްޓެން އުޅޭހެންނެވެ. ކާފާރުކޮށް ބޯކަނޑަން ގޮވާ ބަދު ދުއާކޮށް ހީވީހީ އެހެން ކަމެއް ވެގެން އުޅޭހެންނެވެ. 

    މުއިއްޒު އަކީ އިސްލާމީ ލީޑަރެއް ކަމަށް ދައްކައިގެން ވެރިކަމަށް އައިސް ހުރި ފަތިސް ނަމާދުން އިސްތިހާރުވާ ކަޅިމަތީ ކުރަލީ ޝޭހުންގެ ޝޭހެވެ. މުއިއްޒުގެ ބާރުން ބާރުލިބިގެން ނާޖާއިޒް އެތައް މަންފާ ހާސިލް ކުރަމުންދާ ދީނީ ތާކިހާ އެޅި މީހުން ތިބީ މިކަން ނުފެންނަ ކަމަށް ހަދައިގެންނެވެ. އަމިއްލައަށް ކަނު ބަނދެވިގެންނެވެ. ދުނިޔެވީ މާއްދިއްޔަތުގެ އަވާގައި ލޮލަށް މިރުސް އެޅިފައެވެ. 

    ]]>
    Sat, 10 Feb 2024 14:53:42 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ ތޮށަލިތަކުރާ ޖެހުނު ވިގަނި! https://heerasnews.com/2250 https://heerasnews.com/2250 އިސްލާމް ދީނަކީ ޑރ. ޝަހީމެއް ނޫނެވެ. ޝަހީމް ދެކޭ ގޮތެއްވެސް ނޫނެވެ. ޑރ. ޝަހީމަކީ ދީން ވިއްކައިގެން ކައިގެން އުޅޭ ބަތާ ހަރަމީއެކޭ މީހުން ކިޔަނީ ކިޔަން ވެގެންނެވެ. ވަޒީރުކަމަށް ރުހުން ނުދިނީމާ ތިމަން ވަޒީރުކަމުގައި ނެތިއްޔާ އިސްލާމް ދީނެއް ނޯންނަނެއޭ ކިޔާ ރޮއެ ހެރިގެން އަނެއްކާ ވަޒީރުކަމަށް އިސްކުރުވައިގެން މުއިއްޒަށް މިޙުން ލައްވާ ބެއްވުމުގެ ފަހަތުގައި އޮތީ ކޮންކަމެއްކަން ގިނަ މީހުނަށް އެނގެއެވެ. އަނެއްކާވެސް މަޖިލީހުން ރުހުން ނުދިނީމާ ވަޒީރުކަމަށް އިސްވާން ތައްޔާރަށް ހުންނާށެވެ. 

    މާތް ވެގެންވާ އިސްލާމް ދީނަކީ ޝަހީމު ވިހޭ ދުވަހު ފޫޅު ދަޑިއާ ގުޅިފައި އޮތް މަހެއް ނޫނެވެ. ރާއްޖޭގައި ތިބި ގިނަ ދީނީ އިލްމުވެރިންނަކާ ޑރ. ޝަހީމަކާ ފިކުރު އެއްގޮތެއް ނޫނެވެ. ޝަހީމް އުޅެ ގަންނަ ގޮތުން ދީނަކީ ޝަހީމޭ ހީވާ ކަހަލައެވެ. ޝަރީއަތާއި އިބާދާތަކީ ޝަހީމުގެ އަމިއްލަ އުފެއްދުމެކޭ ހީވާ ކަހަލައެވެ. ބަޅުފުޅަކާ ދަންނަބޭކަލުންގެ މުއްލާއަކީ ޝަހީމޭ ބުނާ ސަލަފީން ވެސް ރާއްޖޭގައި މަދެއް ނޫނެވެ.

    ދީނުގެ ރުކުންތައް ވިއްކައިގެން އަމިއްލަ ވިޔަފާރި ޕާޓްނަރު އަހުސަނަށް ބަނޑުވާކަން ދީގެން އިސްލަމިކް މިނިސްޓްރީ ބޭނުން ކޮށްގެން އަމިއްލަ ޖީބު ފުއްޕުވަން ނޫޅޭށެވެ. ތިން ފަހަރު އިސްލަމިކް މިނިސްޓަރުކަން ހަވާލު ކުރީމާވެސް ދީން ކުރިއަރުވަން ކުރި ކަމެއްނެތި ކުރީ ފަހަރުވެސް ހުޅުވީ އަނބިގޮއްޔައަށް ރަން ފިހާރައެކެވެ. ކުރީ ވިޔަފާރިއެވެ.

    ހަމަތެދެކެވެ. އަމިއްލަ މީހާ މަޝްހޫރުވާން އޮތް ފުރުސަތަކަށް ދިވެހި މުސްލިމުންގެ ދީނީ އަގީދާ ޝަހީމަކަށް ނުހެދޭނެއެވެ. ހެދިޔަކަ ނުވެސް ދޭނަމެވެ.

    މެދު އިރުމަތީ އޯނަރު ހެދިގެން ދިވެހިންގެ ބޮލަށް މިހާރަކު ޗިޕެއް ނުޖެހޭނެއެވެ. ހައްޖު ކޯޓާ ވިއްކުމާއި ހައްޖާއި އުމުރާއަށް މީހުން ފޮނުވުމުގެ ނަމުގައި މީހުން އަތުގައި ހުންނަ ފައިސާ ކޮޅު ދަމައިގަނެގެން ގެންގޮސް ހައްޖު އުމުރާއަށް ނުފޮނުވާ ވޭޓް ލިސްޓުގައި ބައިތިއްބައިގެން އެ ފައިސާއިން ވިޔަފާރި ކޮށްގެން ދީނުގެ ނަމުގައި މީހުން ދަވާލާކަށް ޖާގައެއް އަބަދަކު ދެވޭކަށް ނެތެވެ

    ޒަކާތު އޮފީސް ހަދައިގެން ފައިސާ އެއްކޮށްގެން ރައްޓެހިންނަށް ފައިސާ ބަހައިގެން ވެރިކަމަށް ދޮންކުރާކަށް ފުރުސަތެއް ޝަހީމަކަށް ނެތެވެ. ވަގުފު ބިލްޑިންގ އަޅައިގެން ވިޔަފާރި ޕާޓްނަރު އަހުސަން ލައްވާ ރަނބަ ގިރަން ހުރެވޭނެ ކަމަށް ހީކުރީ ހެއްޔެވެ

    އަރަބިން ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެންނޭ ބުނި މީހާއަށް ވާކަމެއް ވީކަމެއް ހަރާމުން ހަރާމެވެ. ވެރިކަމުގައި ހުރެގެންވެސް ވެރިކަމުން ބޭރުގައި ހުރެގެންވެސް ކަންކަން ކުރެވޭނީ ކުރެވޭ ވަރުގެ މީހުންނަށެވެ. މާ ދީނީ ވެގަނެގެން ޝަހީމު އުޅުނެއް ކަމަކު މުއިއްޒު ވެރިކަމުގެ ސަލަފް ވިންގުން ވެސް ޝަހީމް އިސްލަމިކް މިނިސްޓްރީގައި ބަހައްޓާކަށް ނުރުހެއެވެ.

    އަރަބި ކަރައިގާ މާ ބަސްވިކޭ މީހެއް ކަމަށް މުއިއްޒަށް ދައްކައިގެން ވަޒީރުކަން ހޯދިޔަސް ޝަހީމައކީ އަރަބި ކަރައިގާ ނަކަސްތަޅާ މީހެކެވެ. ފުރަތަމަ ހީކޮށްގެން ހުރީ ރައީސް ޔާމީނު ރިޔާސީ ޓިކެޓް ދޭނެކަމަށެވެ. އެކަން ނުވުމުން މުއިއްޒުގެ ރަނިންގ މޭޓަށް ވާން ފައި ނަގައިގެން ހުއްޓާ ސެންބެ އެކަން ދަމައިގަތުމުން ވީފޫހިން ރައީސް ސޯލިހަކީ ހުލްގު ހެޔޮ މާތް މީހަކަށް ހަދައިގެން ހުއްޓާ ފުރަތަމަ ބުރުން މުއިއްޒު ކުރި ހޯދުމުން އަޅާނެ ފަޅި ނޭގިގެން އާވާރާވެގެން އުޅެއުޅެފައި ތިމަންގެ ތާއީދު ކުރާނެ ފަޅިއެއް ދެދުވަހެއް ތެރޭގައި ހާމަކުރާނަމޭ ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރީ ވިއްކާ ވޯޓެއް އޮތް ވާހަކައެވެ. 

    ފޮޓޯ ގަނޑަކާ ހުސް ގޮނޑިއެއް ހިފައިގެން ނިކުމެ އުޅުނު މުއިއްޒު ޝަހީމްގެ މަޅީގައިޖެހި ފައްޗަށް މަހާލީ ދޮޅި ކެނޑޭ ވަރަށެވެ. ވަގުތުން ދީވަލްޕާ ހެދިގެން މުއިއްޒުގެ ކޮނޑަށް ސަވާރުވެ މުއިއްޒަށް މަގު އޮޅުވާލީ އަރަބިން އަތުން ހޯދާދޭނެ ބައިވަރު ގަނޑުގެ ހުވަފެން ދައްކައިގެންނެވެ. މުއިއްޒަށް ވަނީ ޝަހީމަކީ ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށް ވެފައެވެ. ނުމެ ކޭމެއެވެ. ނުމެ ދިޔަމެއެވެ. 

    ]]>
    Fri, 09 Feb 2024 13:49:16 +0500 ނިއުސް ޑެސްކް
    ދޮގުހެދުމުގައި ވަޒީރުން މުއިއްޒަށް ދުލެއް ނުކުރޭ! https://heerasnews.com/2249 https://heerasnews.com/2249 ދޮގު ހެދުމުގައި މުއިއްޒުގެ ވަޒީރުން މުއިއްޒަށް އެންމެ ފުކެއްވެސް ދުލެއް ނުކުރެއެވެ. އިސްލާމީ ތާކިހާ އަޅައިގެން ހުރި ތައުލީމާ ބެހޭ ވަޒީރެއް ކަމަކު އެކަމުގައި ތަފާތެއް ނެތެވެ. 

    މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާޕާޓީ ޕީއެންސީއަށް ވޯޓުހޯދަން ރަށްރަށަށް ގޮސް ހެއްދެވިހާ ދޮގު ހަދަނީ ކާކަށް އޮޅުވާލަން ހެއްޔެވެ. ވަންދޫ ރައްޔިތުންނެއް ކަމަކު ވާނުވާ ނޭނގިގެނެއް ނޫޅެއެވެ. އެންމެ ހެއްވާކަމަކީ ވަންދޫ ރައްޔިތުންގެ ވޯޓު ހޯދަން ވަންދުއަށް ގޮސް ތިބެގެން ސްރީލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމް ކިޔަވާދޭ ވާހަކަ ދެއްކުމެވެ. ވަންދޫ މީހުނަށް އެންމެ ބޮޑުވެގެން އުޅޭ ކަމަކީ ސްރީލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމް ކިޔަވާ ނުދިނުން ކަހަލައެވެ. ރާއްޖޭގެ ތައުލީމީ ވަޒީރަށް ވަންދޫގައި ދައްކަން މުހިންމުވީ އެރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށްވުރެ އެހެން ކަމެކެވެ.

    ކަމެއްގެ ވާހަކަ ދައްކާއިރު ތެދު ވާހަކައެއް ދައްކާ ނަމަވެސް ރަނގަޅެވެ. ކޮންމެ ތާކު ކޮންމެ ވާހަކައެއް ދެއްކިޔަސް ބުހުތާން ދޮގުވާހަކައެއް ނޫނީ ދައްކާކަށް ނޭގެއެވެ. މުނާސަބު ނޫން ތަނެއްގައި އެޑިއުކޭޝަން މިނިސްޓަރ އެހާބޮޑު ދޮގެއް ހެދީ ދައްކާނެ އެހެން ވާހަކައެއް ނެތިގެން ބާވައެވެ. 

    ކުރީ ސަރުކާރޭ ކިޔުންނޫން ކަމެއް މި ބައިގަޑަކަށް މިހާރަކު ނެތެވެ. ކަމެއް ކުރަން ނޭނގި ކަންކަން ނުކުރެވޭ ވަރަކަށް ކޮންމެ ކަމެއް ކުރީ ސަރުކާރަށް ފޫޅުކަނޑާލައިގެން ހަމަޖެއްސިދާނެ ކަމަށް ހީކޮށް ބުހުތާން ދޮގު ހެއްޖަކަސް ހަގީގަތް އޮޅިގެން އުޅޭ މީހަކު ނޫޅެއެވެ. 

    މުއިއްޒު ސަރުކާރުގެ ތައުލީމީ ވަޒީރު ދޮގު ހަދައިގެން ކޮންމެ ވާހަކައެއް ދެއްކިޔަސް ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް  އަހަރު ސްރީލަންކާގައި ދިރިއުޅޭ ކުދިންނަށް ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައި ދިނުން ހުއްޓާލާފައެއް ނުވެއެވެ. މެދުކެނޑިފައެއްވެސް ނުވެއެވެ. ކޮވިޑްގެ ތެރޭގައި އޮންލައިންކޮށް ކުދިން ކިޔެވި އިރުވެސް ލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމާއި ގުރުއާން ކިޔަވާ ދިނެވެ. ކިޔަވައިދިނުން އިތުރަށް ރަނގަޅުކޮށް، ހަރުދަނާވެސް ކުރިއެވެ.

    ސްރީލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރު (ސޯސަންވިލާ) ގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ބަރާބަރަށް ކިޔެވުން ކުރިއަށް ގެންދިޔައެވެ. މިދިޔަ 5 އަހަރުވެސް ސޯސަންވިލާގައި، ދިވެހި ކުދިން އެސްއެސްސީ އިމްތިހާނު ހެދިއެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. މިދިޔަ ފަސް އަހަރުވެސް އެސްއެސްސީ އިމްތިހާނުން އޭ ސްޓާރ ހޯދި ކުދިންވެސް ތިއްބެވެ. ލަންކާގެ މޯލްޑިވްސް ސެންޓަރުގައި ކިޔަވައިދޭ ދުވަސްތައް އިތުރުކޮށް، އިތުރު ކްލާސްތައް ނަގައިދިނެވެ. ކޮންމެ ހަފްތާއަކު 3 ދުވަހު، ހަވީރު 4 ން 6 އަށް ހުރިހާ ގްރޭޑް ތަކުގެ ކިޔަވައިދިނުން ބޭއްވިއެވެ.

    ސްރީލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރު (ސޯސަންވިލާ)ގެ ކަންކަމާ ރައީސް ސޯލިހުގެ ސަރުކާރުގައި ހަވާލުވެ ހުންނެވި ޖައުފަރު ރަޝީދު 2023 ގެ ޑިސެމްބަރު 31 ވަނަ ދުވަހު މޯލްޑިވްސް ސެންޓަރާ ވަކިވެ ވަޑައިގެން އިރު، މޯލްޑިވްސް ސެންޓަރުގައި 198 ކުދިން ކިޔަވަމުން ގެންދެއެވެ. ދިވެއްސާއި އިސްލަމާއި ގުރުއާން ކިޔަވައި ދިނުމަށް 14 މުދައްރިސަކު ސޯސަންވިލާގައި ހިދުމަތުގައި ތިއްބެވިއެވެ. އެއީ މުޅިވެސް ދިވެހި ރައްޔިތުންނެވެ.

    ޖައުފަރު ވިދާޅުވިގޮތުގައި މި އަހަރުވެސް މޯލްޑިވްސް ސެންޓަރުގެ ގްރޭޑް 10 ގައި 7 ކުދިން ކިޔަމުން އެބަ ދެއެވެ. މި އަހަރު އޮންނަ އެސްއެސްސީ އިމްތިހާނުގައިވެސް އެ ހަތް ކުދިން އިށީންނާނެއެވެ. ޖައުފަރު ސެންޓަރުން ވަކިވެވަޑައިގަތުމުގެ ކުރިން އެ ހުރިހާ ކުދިން އެސްއެސްސީގައި ބައިވެރިވުމާބެހޭ ހުރިހާ ޑޮކިއުމަންޓެއް ދިވެހިރާއްޖޭގެ ޕަބްލިކް އެގްޒަމިނޭޝަނަށް ވަނީ ފޮނުވާފައެވެ. އަމިއްލަ ގޮތުން ބައިވެރިވާ ދަރިވަރުންނާވެސްއެކު، ޖުމްލަ 12 ދަރިވަރުން ކުރިއަށް އޮތް އެސްއެސްސީ އިމްތިހާނުގައި މޯލްޑިވްސް ސެންޓަރުގައި އިށީންނާނެ ކަމަށް ޖައުފަރު ވިދާޅުވެއެވެ.

    ގްރޭޑް 10 އަދި ގްރޭޑް 9 ގެ ދަރިވަރުންނަށް ހަފްތާ ބަންދު (ހޮނިހިރު، އާދީއްތަ) މި ދެ ދުވަހު ދިވެހި، އިސްލާމް އިން އިތުރު ގަޑިވެސް މުދައްރިސުން ނަގައިދެމުން ދެއެވެ. ޗުއްޓީ އާއި ރޯދަ މަހުވެސް ގްރޭޑް 10 ގެ ކުދިންނަށް ކްލާސްތައް ކުރިޔަށް ގެންދާ ކަމަށް ޖައުފަރު ވިދާޅުވެއެވެ.

    ލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ގުރުއާން ޕޫލެއް ފުރަތަމަ ފަހަރަށް ތަޢާރަފް ކޮށްފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން، ސެންޓަރުގެ ނަމުގައި ދިވެހިރާއްޖެ އައިސް، މާލޭގައި އޮންނަ ގައުމީ ޤުރުއާން މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރި ވުމުގެ ފުރުސަތު ދިން ސަރުކާރަކީ ރައީސް ސޯލިހުގެ ސަރުކާރެވެ. އެއީ މިދިޔަ އަހަރު މާލޭގައި އޮތް ގައުމީ މުބާރާތެވެ. ސެންޓަރުގެ ހަތަރު ދަރިވަރަކު މުބާރާތުގައި ކިޔެވިއެވެ. އެއީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި ކުދިން ރާއްޖެ އައިސް ކިޔެވި ފުރަތަމަ ފަހަރުވެސް މެއެވެ. 

    ހިތާމައަކީ ރައީސް ސޯލިހުގެ ސަރުކާރު ނިމުނު ފަހުން، ދީނަށްޓަކާ އައި މުއިއްޒު ސަރުކާރަށް ވީފަހުން އަންނަ އެންމެ ފުރަތަމަ އަންނަ ގައުމީ ޤުރުއާން މުބާރާތުގައި މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން ބައިވެރިއެއް ނުކުރެއެވެ. ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެ ނިމިއްޖެއެވެ. މިއީ މޯލްޑިވްސް ސެންޓަރުގައި ގުރުއާނަށް ދިން އަހަންމިއްޔަތަށް މި ސަރުކާރުންވީ ވަރަށް ބޮޑު އިހުމާލެކެވެ. 

    ސްރީލަންކާގައި ދިވެހި، އިސްލާމް ކިޔަވައި ދިނުން ރައިސް ސޯލިހުގެ ސަރުކާރުން އޮތީ ހުއްޓާލާފައޭ، މި ސަރުކާރުން އަލުންފަށަނީއޭ ބުނެ، އެޑިއުކޭޝަން މިނިސްޓަރު މިހާ ފާޅުކަން ބޮޑު ދޮގެއް ހެދީތީ މޯލްޑިވްސް ސެންޓަރުގެ ކިޔަވައިދިނުމާއިބެހޭ އެންމެ އިސްވެރިޔާގެ ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރާއި މި ސަރުކާރުގެ ފުރަތަމަ 1 މަހާއި 13 ދުވަހުވެސް ހުރި މީހާ ހައިސިއްޔަތުން ޖައުފަރު ރަޝީދު ވަނީ މިހާރުގެ އެޑިއުކޭޝަން މިނިސްޓަރުގެ އެ ވާހަކަތައް ދޮގު ކުރައްވަފައެވެ.

    ދިވެއްސާއި އިސްލާމް ކިޔަވާދިނުން ރައީސް ސޯލިހުގެ ވެރިކަމުގައި ނުހުއްޓި ކުރިއަށް ދިޔަކަން ސްރީލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުން ހެކިވާނެއެވެ. ސެންޓަރުގެ ހުރިހާ މުދައްރިސުންނާއި މުވައްޒަފުން ހެކިވާނެއެވެ. ސެންޓަރުގެ ހުރިހާ ބެލެނިވެރިންނާއި ދަރިވަރުން ހެކިވާނެއެވެ. ފަހަރުގައި ވަންދޫ ބަޔަކަށް އެކަން އޮޅުވާލެވިދާނެއެވެ.

    ހަމައެކަނި ލަންކާ އެއް ނޫނެވެ. މެލޭޝިޔާގައިވެސް ދިވެހި، އިސްލާމް ކިޔަވައި ދެއެވެ. މެލޭޝިޔާގައި ތިބޭ ކުދިންނަށް އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދެެއްވީވެސް ރައީސް ސޯލިހުގެ ސަރުކާރުންނެވެ. ވީމާ މިހާ ބޮޑު ދޮގެއް ހެދީތީ އެޑިއުކޭޝަން މިނިސްޓަރު މައާފަށްވެސް އެދެން ޖެހެއެވެ. މިނިސްޓަރުގެ މި ދޮގު ވާހަކަ ތަކަކީ ލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރާއި މެލޭޝިއާގައި ކިޔަވައި ދެއްވަމުން އަންނަ މުދައްރިސުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނަށްވެސް ކުރެއްވި މަލާމާތެކެވެ. ދޮގު އިލްޒާމެކެވެ.

    ]]>
    Fri, 09 Feb 2024 11:33:12 +0500 ނިއުސް ޑެސްކް
    ޕޮލިޓެކްނިކާއި ފެނަކައާއި ދެމެދު ފަހުމުނާމާއެއް https://heerasnews.com/2243 https://heerasnews.com/2243 ފެނަކައަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށް ޕޮލިޓެކްނިކާއި ފެނަކައާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

    މި އެމްއޯޔޫއަކީ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމާއި، ފެނާއި ނަރުދަމާގެ ޤާނޫނާއި، ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާއި ބެހޭ ޤަވާއިދަށް ފެނަކަ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން އެއްހަމަކުރުމަށާއި، ޕޮލިޓެކްނިކްގެ ދަސްވާރުންނަށް "އިންޑަސްޓިރިއަލް އެކްސްޕީރިއެންސް" ހޯދައިދިނުމުގެ ގޮތުން ސޮއިކުރެވުނު އެމްއޯޔޫއެއްކަމަށް ފެނަކައިން ބުނެއެވެ.

    މިދިޔަ ބުރާސްފަތި ދުވަހު ފެނަކާގެ ހެޑްއޮފީހުގައި އޮތް ހާއްސަ ރަސްމިޔާތެއްގައި މިފަހުމުނާމާގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ކަމާލުއްދީން އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ އެވެ.

    ]]>
    Thu, 08 Feb 2024 21:14:55 +0500 ނިއުސް ޑެސްކް
    ހައްދުފަހަނައެޅި ގައުމިއްޔަތުގައި ޗައިނާގެ އަޅަކަށް ރާއްޖެ https://heerasnews.com/2248 https://heerasnews.com/2248 ޒާތް ޒާތުގެ " ހޭންޑް އޯވަރ ސެރަމަނީ" ތައް މި ދުވަސްވަރު ގިނަ ގިނައިން ދިވެހިންނަށް ފެންނާނެއެވެ. "ހޭންޑް އޯވަރ ސެރަމަނީ" ތައް ބާއްވާ ނިމޭއިރު ރާއްޖެ އޮންނަނީ އަތުނުލެވޭ ވަރަށް ޗައިނާއަށް "ހޭންޑް އޯވަރ" ވެފައެވެ.

    އެހެން ނުވާންވީ ސަބަބެއް ނެތެވެ. ގޮތްނޭނގޭ އަޑިނޭނގޭ ތިރީހަކަށް އެއްބަސްވުމުގައި ޗައިނާއާއި އެކު ރާއްޖޭން މިވެރިކަމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މުއިއްޒު ޗައިނާއަށް ކުރި ފުރަތަމަ ދަތުރުގައި ސޮއިކުރި އެއްބަސްވުން ތަކުގައި ވަނީ ކީކޭކަން އެނގޭ މީހަކު ނެތެވެ. ރައްޔިތުންގެ މަޖިލީހަށް ވެސް އެކަން ވަނީ ސިއްރު ކޮށްފައެވެ. 

    ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ކުރީ ސަރުކާރުން 100އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފާ އޮވެގެން ހިފި ނުހުރެގެން ހަޅޭފަޅޭޖެހި މީހުނަށް ވެރިކަން ލިބުމާއެކު ވެރިކަމަށް ދެމަސް ނުވަނީސް ޗައިނައާއި އެކު ތިރީހަށް ވުރެ ގިނަ އެއްބަސް ވުމުގައި އެވަނީ ސޮއިކޮށްފައެވެ. އެ ރޭޓުން އެއްބަސްވުމުގައި ސޮއި ކުރާނަމަ ފަސް އަހަރުވާން ވާއިރަށް އެތައް ސަތޭކަ އެއްބަސްވުމުގައި ސޮއިކުރާނެއެވެ. 

    އިންޑިއާ އާއި އެކު ކުރީ ސަރުކާރުން ސަތޭކައެއްހާ އެއްބަސްވުމުގައި ސޮއިކޮށްފައި އޮވެގެން އިންޑިއާގެ ހުއްދަނެތި ރައީސް ސޯލިހުގެ ވެރިއަކު އިށީދެ އިން ގޮނޑިން ތެދުވެ އެހެން ގޮނޑިއެއްގައި ނީށީނދެވޭ ވަރަށް އިންޑިއާގެ ދަށުވެފައިވާ ކަމަށް މުއިއްޒު ބުންޏެވެ. އެހެން ކަމަށް ވާނަމަ ޗައިނާ އާއި އެކު މުއިއްޒު ސަރުކާރުންވާ އެއްބަސްވުން ތަކުގެ ސަބަބުން ޗައިނާގެ ހުއްދަނެތި މުއިއްޒަށް ސާޖިދާއާވެސް ހަތަރުކަޅި ހަމަކޮށްލެވޭނެ ބާވައެވެ. 

    ކުރީގެ ސަރުކާރުން އިންޑިއާ އާއި އެކުވެފައިވާ އެއްބަސްވުންތަކަކީ ސިޔާދަތާއި މިނިވަންކަން ގެއްލޭވަރުގެ ނުރައްކާތެރި އެއްބަސް ވުންތަކެއް ކަމަށް ބުނެ މުއިއްޒު އޭރު ރައްޔިތުން ބިރުގެންނެވިއެވެ. އެ އެއްބަސްވުންތައް އަވީނުލައިގެން ހީވީ އުޑުބޮލަށް ވެއްޓޭތީ އުޅޭ ހެންނެވެ. ވެރިކަމަށް އަރާގޮތަށް އަރާ އިންޑިއާ އާއިއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް އަކުރުން އަކުރަށް ހާމަކޮށް ރައްޔިތުންނަށް ދައްކާނެ ކަމަށް ވެރިކަމުން ބޭރުގައި ތިބިއިރު އަޑުން އަޑުނަގާ މުއިއްޒު ގޮވާ ނެގިއެވެ. 

    ތިމަންގެ ވެރިކަމެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނުއޮންނާނެ ކަމަށް ބުނި މުއިއްޒަށް ޖެހުނީ ހެދިހާ ދޮގު ފަޅާއަރާ އޮރިޔާން ހާލު ޖެހެދާނެތީ ހުރިހާ ކަމެއްވެސް ސިއްރު ކުރާށެވެ. ފޮނުވި ސިޓީއަކުން ކަނޑު ވިއްކާލި ކަމަށް ވެގެން ހާމަ ނުކޮށްގެން އުޅުނު ސިޓީ ހާމަކުރުމުން ލިބުނު ލަނޑު ހުރިހާ ކަމެއްގައި ލިބޭކަށް މުއިއްޒު ބޭނުމެއް ނުވާނެއެވެ.

    ވެރިކަން ލިބުމުން ހާމަކުރަން ބުނި އެއްވެސް އެއްބަސްވުމެއް އެހެންވެ މުއިއްޒަކަށް ހާމައެއް ނުކުރެވުނެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ކުޑަވެސް ކަމެއް އެއިން އެއްބަސްވުމެއްގައި ނެތުމުން ރައްޔިތުން ކުރިމަތީ ބަރަހަނާ ނުވާން ވެގެން އިންޑިއާ އާއި އެކުވެފައިވާ އެއްވެސް އެއްބަސް ވުމެއް ހާމަކުރާކަށް ނުކެރުނެވެ. އިންޑިއާ އާއި އެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ތަކުގެ ތެރެއިން އައު ނުކުރާން ނިންމީ ކަނޑު ދިރާސާ ކުރުމާބެހޭ އެއްބަސްވުން އެކަންޏެވެ. އެންމެ ބާރަށް ހަޅޭލީ ޔޫޓީއެފް އެއްބަސްވުމުގެ ވާހަކަ ނުވެސް ދައްކައެވެ. 

    އިންޑިއާ އާއިއެކު ވެފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރީ ޗައިނާއާއިއެކު އެކަމަށް އެއްބަސް ވުމަށެވެ. ޗައިނާއަށް ގޮސް އެއްބަސްވުން ތަކުގައި ސޮއި ކުރުމާއެކު ޗައިނާގައި އޮންނަ އެންމެ މަތީފެންވަރުގައި ކަނޑުގެ ސާރވޭ ކުރާ އުޅަނދު ރާއްޖެއަށް އަންނަން ހުއްދަދީ އިންޑިއާ ކަނޑުއަޑީގެ ސާރވޭ ކުރުމުގެ ފުރުސަތު ޗައިނާއަށް ރާއްޖޭން ދިނީއެވެ. ގައުމީ ސަލާމަތަށް ނުރައްކާ ވެގެން އިންޑިއާ އާއި ވަތްކަނޑާލާ ޗައިނާއަށް ރާއްޖެ ހުޅުވާލީއެވެ. 

    ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއު ތަކަށް އިންޑިއާއިން އެހީތެރިވެ ބައެއް ބޮޑެތި މަޝްރޫއު އިންޑިއާ ކުންފުނިތައް މެދުވެރިކޮށް ކުރީ ސަރުކާރުން ހިންގާތީ ރާއްޖޭގެ ދަހިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވައްދާކަމަށް ވެގެން ލީހަޅޭކުގައި ވެރިކަން ބަދަލުވެ މުއިއްޒު ވެރިކަމަށް ސަވާރުވުމުން މި ޖެހުނީ ވަކިން ކޮންތަކު ހެއްޔެވެ. ޗައިނާއިން ކަނޑު ސާރވޭކޮށް މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭސް އަޅަން އެއްބަސްވެ ނިމުނީއެވެ. ރަށްރަށުގައި ނަރުދަމާ އަޅާ މަދަރުސާ އަޅާ މިސްކިތްއަޅާ ކައިވެނި ކޮށްދީ މީހުން ވަޅުލާ ހެދުމާ ޗައިނާ ސަރުކާރުން ހަވާލުވަނީއެވެ. ސަރަހައްދު ބެލެހެއްޓޭ ވަރަށް ނަމުގައި ދިވެހި ސިފައިން ގާބިލު ކުރަނީއެވެ.

    މުއިއްޒުގެ ގޮތް ދޫނުކުރުމާއި ނެއްގާނި ހަރުކަށިކަމުގެ ނަތީޖާއެއްގެ ގޮތުން ނިއުކުލިއަރ ދެބާރުގެ ހަނގުރާމައިގެ މައިދާނަކަށް ރާއްޖެ ވެނިމެނީއެވެ. ހައްދު ފަހަނައެޅި ގައުމިއްޔަތުގައި ޗައިނާގެ އަޅަކަށް ރާއްޖެ ވާތަން ދެކެން ތިބޭށެވެ. ޗައިނާގެ ގޮނޑިކޮއްކޮ މުއިއްޒަށް މުލިއާގޭގައި ހެދި ސާޖިދާގެ ޖަކޫޒީން ފެން ފޮދެއްގައި ޖެހެލެވޭނީ ވެސް ޗައިނާ ބުނާ ވަރަކަށް ބުނާ ގޮތަކަށެވެ.  

    ]]>
    Thu, 08 Feb 2024 17:53:20 +0500 ނިއުސް ޑެސްކް
    ދެއަނގަ މުއިއްޒު ދެ އަނގައިން އިންޑިއާ އައުޓް ކުރުން https://heerasnews.com/2247 https://heerasnews.com/2247 ކާކު ބުނީ ކީކޭކަން މިހާރަކު އޮޅުވައެއް ނުލެވޭނެއެވެ. މި ޒަމާނަކީ ސިއްރުން ދައްކާ ވާހަކަވެސް ސިއްރު ނުކުރެވޭ ޒަމާނެވެ. އަމްދުން އާއްމު ތަންތާ ދައްކާ ވާހަކައާއި ދޭ އިންޓަވިއުތަކާއި ތަގުރީރުތަކާއި ޕްރެސްކޮންފަރެންސް ތަކުގައި ދައްކާ ވާހަކަ އެތަން މިތާ ރެކޯޑްކޮށް ރައްކާ ކުރެވިފައި ހުންނަކަން މުއިއްޒަށް ނޭގެނީތާއެވެ. 

    "ދުވަހަކު ވެސް އަޅުގަނޑު މިއަދާ ހަމައަށް އައިރުގައި، ކެމްޕެއިން ތެރެެއިން ފެށިގެން، ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރުގައި އެންމެ މައުލޫއެއްގައި ވެސް ތަފާތު ގޮތަކަށް ވާހަކަ ދައްކައިފިންތޯ،" އޭ ބުނެ ވޭމަންޑޫ ރައްޔިތުންނާ ސުވާލުކުރީ ވަރަށް ގޮތެއް ނެތީމައެވެ. އެ ސުވާލު ވޭމަންޑޫ މީހުންނާ މުއިއްޒު ކުރީ ރައްޔިތުންނަށް ފުރައްސާރަ ކުރުމުގެ ގޮތުންނެވެ. އެންމެންނަށް އެނގޭ ކަމެއްގެ ވާހަކައިން އެހެން ނޫންނަމަ ސުވާލެއް ނުކުރާނެއެވެ. 

    އެއް ވާހަކަ ދެ ފަހަރު ދެ ގޮތަށް ނުދައްކާ ކަމަށް ބުނެ މުއިއްޒު އޮޅުވާލަން އެއުޅެނީ ކޮން ބަޔަކަށް ހެއްޔެވެ. އެކަކަށް އެކައްޗެއް ވެސް ނޯޅެއެވެ. މަތިމައްޗަށް ބަރަހަނާވެ ދޮގު ބޭޒާރުވުން ނޫން ކަމެއް އެކަމަކުން ނުވެއެވެ. އިތުބާރުކޮށް ސަޕޯޓްކުރާ މީހުންގެ ކުރިމަތީގައި އިތުބާރު ގެއްލުން ނޫން ކަމެއް އެ ކަމަކުން ނުވެއެވެ. 

    އިންޑިއާ ސިފައިންގެ މީހެއްގެ ބޫޓު ޖޯޑެއް ވެސް ރާއްޖޭގެ ފަސްގަނޑުގައި ނުބަހައްޓާ އެ މީހުން ބޭރުކޮށްލާނެ ކަމަށް ބުނަމުން އައީ މުއިއްޒެވެ. އިންޑިއާ ސިފައިން ބޭލުމަކީ މަޝްވަރާ ކުރެވެން ނެތް ކަމެކޭ ބުނީ މުއިއްޒުގެ ދުލުންނެވެ. އެހެން ބުނީ ސަމާސާ ތާކު ނޫނެވެ. ރައީސް ކަމަށް އިންތިހާބުވީ ފަހުން ދުނިޔޭގެ މީޑިއާ އަކަށް ދިން ބަސްދީ ގަތުމެއްގައެވެ. ދެހާހަށްވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށާއި އެ މީހުން ޖެހޭނީ ވަގުތުން ވަގުތަށް ފައިބަން ކަމަށް ބުނީ މުއިއްޒެވެ. އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށާއި މަޝްވަރާ ކޮށްގެން އެ މީހުން ރާއްޖޭގައި އެންމެ ދުވަހަކު ވެސް ތިބެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ބުނީ މުއިއްޒެވެ. 

    ރާއްޖޭގައި ތިބި ކަމަށް މުއިއްޒު ބުނި 2000 އިންޑިއާ ސިފައިން ތިބި ތަނެއް، ވެރިކަމަށް އެރިފަހުން މުއިއްޒަކަށް ބުނެއެއް ނުދެވުނެވެ. ނުވެސް ދެއްކުނެވެ. ސަތޭކަ ހަމަ ނުވާ އަދަދު ތަކެއް އެކި ފަހަރު އެކި ވަރަށް ބުނީވެސް މުއިއްޒު ސަރުކާރުންނެވެ. މުއިއްޒު ދެ ފަހަރު ދެ ގޮތަކަށް ވާހަކައެއް ނުދައްކާ ނޫން ހެއްޔެވެ. 

    ވެރިކަމަށް އެރުމުގެ ކުރީން އިންޑިއާ ސިފައިންނާ ގުޅުވައިގެން މުއިއްޒު ދެއްކިހާ ވާހަކަ ވެރިކަމަށް އެރުމާއެކު ބަދަލުވީއެވެ. "ނަން ނެގޯޝިބަލް އިސޫ" ވެގެން ދިޔައީ ނެގޯޝިބަލް އިސޫ އަކަށެވެ. އިންޑިއާ ސިފައިން ތިބެގެން އޮޕަރޭޓް ކުރި ޑޯނިއާ ބޯޓާ ހެލްކޮޕްޓަރުތައް އެންމެ ފަހުން ޖެހުނީ ރާއްޖޭގައި ބަހައްޓާށެވެ. އެ އުޅަނދުތައް ދުއްވާ ބަލަހައްޓަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ މީހުން އެކަން ކުރުން މުއިއްޒަށް އޯކޭ ވެއްޖެއެވެ. މަދަނީ މީހުންގެ ނަމުގައި ޔުނީފޯމް ނާޅާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން އޯކޭ ވެއްޖެއެވެ. 

    ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓުގެ ބޭނުން ކޮށްގެން އިންޑިއާ ސިފައިން ކުރި ހުރިހާ ކަމެއް އިންޑިއާގެ މަދަނީ މީހުން ލައްވާ ކުރުވީމާ މިޖެހެނީ ކޮންތާކު ހެއްޔެވެ. އެ އުޅަނދު ފަހަރުން އެއްކުރާ މައުލޫމާތު އިންޑިއާގެ އަޝްކަރިއްޔާއަށް ނުލިބި ދާނެެހެއްޔެވެ. އެ މައުލޫމާތު އިންޑިއަށް ނުގޮހެއް ނުހުންނާނެއެވެ. އެހެން ކަމަށް ވާނަމަ އިންޑިއާ ސިފައިން ތިބުމެކޭ ނުތިބުމެކޭ އޮންނަނީ ކޮން ތަފާތެއް ހެއްޔެވެ. އެއްވެސް ތަފާތެއް ނުއޮންނާނެއެވެ. 

    އެއްވާހަކަ ދެފަހަރު ދެގޮތަށް ދެއްކުމުގައި އެނދުކެނޑިފައި ހުރި މުއިއްޒު އަނގައިން " ނުއޮންނާނެ ދައްކާފައެއް" ކިޔާ ކިތަންމެ އަޑަށް ބާރުލާ ގޮވިޔަސް އެހެން ކިތަންމެ ވާހަކައެއް ދެ އަނގައިން މުއިއްޒު އޮތީ ދައްކާފައެވެ. ދަނީ ދައްކަމުންނެވެ.  

    ]]>
    Thu, 08 Feb 2024 15:26:04 +0500 ނިއުސް ޑެސްކް
    ވަތްކަޑާލަން އުޅުނު އިންޑިއާ އުނގަށް މުއިއްޒު ވެއްޓެނީ؟ https://heerasnews.com/2246 https://heerasnews.com/2246 ޑރ. މުއިއްޒަށް ދެއްކޭ ނުދެއްކޭ ވާހަކަ އެބަ އެނގޭ ހެއްޔެވެ. ސީނު ކަރަޔަށް ބޮޑު ފައުޖެއް ގޮވައިގެން ގޮސް ބޮޑުފާރު ފޮތުގައި އިނގިރޭސި ބަހުން ނުބައިކޮށް ލިޔުނުހެން މުއިއްޒު ކުރާ ކޮންމެ ކަމެއް އޮންނަނީ ފަހުން އިސްލާހު ކުރަން ޖެހިފައެވެ. އުނބަށް ޖަހަން ޖެހިފައެވެ. އުނބަށް ޖަހަން ނުޖެހޭ ވަކިކަމެއް މުއިއްޒަށް އެބަކުރެވޭ ހެއްޔެވެ. 

    ވެރިކަމަށް އަރާގޮތަށް ދޫކޮށްލަން ބުނި ޔާމީނު އެހުރީ ބަންދުގައެވެ. މުއިއްޒަށް ވެގެން ވިއްޔާ ޔާމީނު ދުލެއް ނުކުރާނެއެވެ. ވެރިކަމަށް އަރާގޮތަށް ބާލަން ބުނި އިންޑިއާ ސިފައިންގެ ބޭލުނީ ޔުނީފޯމެވެ. ފޮނުވާލަން ބުނި ޑޯނިއަރ ބޯޓާއި ހެލްކޮޕްޓަރުތައް ޖެހުނީ ބޭނުން ކުރަން ބަހައްޓާށެވެ. ގެއްލުނު ކަނޑު ކަންތައްވެސް ގޮސް ނިމެނީ އޮތްބަޅަށެވެ.

    ވަޒީފާއިން ވަކި ނުކުރާން ބުނި މުއައްޒަފުން ކަނޑަނީ ފަތުއަޑު ކިޔާފައެވެ. ސިފައިންނާއި ފުލުހުންނަށް ބޮޑުކުރަން ބުނި މުސާރަ އޮތީ އިބިލީހު ކައިވެންޏަށް ވެފައެވެ. މަދު ކުރަން ބުނި ސިޔާސީ މަގާމުތައް ގިނަވެ އިށީންނާނެ ގޮނޑިމޭޒެއް ނެތެވެ. ރަށްރަށުގައި ފަށައިގެން ކުރިއަށް ގެންދިޔަ މަސައްކަތްތައް ނުހުއްޓާ ކުރިއަށް ގެންދަން ވައުދުވެ އެކަންކަން ނުކޮށް ކުރަން އުޅެނީ ވުޖޫދުގައި ނެތް ބަޖެޓްގައިނެތް ކަންކަމެވެ. 

    އެވާހަކަ ބާއްވާފައި ކޮންފްރަންޓޭޝަނަށް ދާން ނޫޅޭ ވާހަކަ ދައްކަމާހެއްޔެވެ. ވެރިކަމަށް އެރީ އިންޑިއާ އައުޓް ކުރާށެވެ. ހާހުން ދެހާހުން އިންޑިއާ ސިފައިން ތިބެގެން އެމީހުން ބާލާށެވެ. ވެރިކަމަށް އައީ ކުރީގެ ވެރިންނަށް އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑިއަށް ދެވެނީ އިންޑިއާއިން ހުއްދަ ލިބިގެން ކަމަށް ބުނެ އެކަން ހުއްޓުވާށެވެ. ދާހިލީ ކަންކަމުގެ ތެރެއަށް އިންޑީއާ ހަންފަތުރާފައި އޮވެގެން އެކަން ނިމުމަކަށް ގެންނާށެވެ. 

    ވެރިކަމުގައި ތުރުކީއަށް ދަތުރެއް ކޮށްލެވުމުން ހީވީ އެހެން ކަމެއް ހެންނެވެ. ރާއްޖެއަށް ކޮއްތު ދަރާ ބޯފެން ދޭނެ ބަޔަކީ ތުރުކީ ކަމަށް ހީވެ އެހެން ބަޔަކު ނެތަސް ހެޔޮވެ ފާޅުގައި އިންޑިއާ ރައްޔިތުންނާ ވެރިންނަށް ފުރައްސާރަ ކުރަން ނުކުތީއެވެ. ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުރިއިރު ހޭހަންކޮށް ހަންޑިހައްލަން ގެންގުޅުނު ކުދިން ކޮޅަށް ޑެޕިއުޓީ މިނިސްޓަރުކަން ދީގެން އެ މީހުންގެ މަސައްކަތަކަށް ހެއްދީ މީސްމީޑިއާގައި އިންޑިއާއަށް ފުރައްސަރާ ކުރުމެވެ.

    ޗައިނާއަށް ދަތުރެއް ކުރެވި ގޮތް ނޭނގޭ އަޑިނޭނގޭ އެއްބަސްވުން ތަކެއްގައި ސޮއިކޮށް އެހީގެ ގޮތުގައި ޑޮލަރު ކޮޅެއް ދޭން ބުނުމުން މުއިއްޒުގެ ދުނިޔެ ރަންވިއެވެ. ޗައިނާއިން އައިގޮތަށް އައިސް މާލެވެސް ނާރާ ވަށިވަށިން އިންޑިއާއަށް ދިނެވެ. އިންޑިއާއިން ބްލީ ކުރަނީ ކަމަށާއި ބެކްވާޑްގައި ބާއްވައިގެން އުޅޭކަމުގެ ތުހުމަތުކޮށް ސައިޒު އޮޅެގެން ޗެލެންޖު ކުރީ މުއިއްޒެވެ. މުއިއްޒު ކޮންފްރަންޓޭޝަނަކަށް ދާކަށް ނޫޅެއެވެ.

    ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ހުރި އައިޖީއެމްއެޗް ގެ ބަދަލުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ މައި ހޮސްޕިޓަލަށް ހަދަން ނީންމީ މުއިއްޒެވެ. މިވަރުގެ ކުދިކުދި ކަންކަން މުއިއްޒު އިންޑިއާ އާއި ދެކޮޅަށް ކުރިއެވެ. ޒަމާނުއްސުރެ ދިވެހިން ބޭސް ފަރުވާއަށް ދިޔަ އިންޑިއާގެ ބަދަލުގައި ބެންކޮކާއި ޑުބާއީއަށް ފޮނުވަން ނިންމީ މުއިއްޒެވެ. އިންޑިއަށް ނުފޮނުވާން އެއަރ އެމްބިއުލާންސްގެ ހިދުމަތް ލަންކާއާއިއެކު ގާއިމުކުރަނީ މުއިއްޒެވެ. ސަރަހައްދު ބަލަހައްޓަން އިންޑިއާއިން ހޯދި އެހީތެރިކަން ނިމުމަކަށް ގެނެސް ތުރުކީން ޑްރޯން ގެނެސްގެން ސަރަހައްދު ބަލަހައްޓަން ނިންމީ މުއިއްޒެވެ. ކަނޑު ދިރާސާ ކުރުން އިންޑިއާ އަތުން އަތުލާ އެމަސައްކަތް ޗައިނާއާ ހަވާލުކުރީ މުއިއްޒެވެ. ކޮންފްރޮންޓޭޝަނަކަށް ދާކަށް މުއިއްޒު ނޫޅޭ ނޫންހެއްޔެވެ.

    ބުނެވި ދިޔަ ހުރިހާ ސަކަރާތެއް ޖެހިފަހުން މުއިއްޒު ދައްކާ ވާހަކައިގެ ރާގު ބަދަލުވާން ފަށައިފިއެވެ. އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްދޯނި ފަހަރަށް ހަތިޔަރާއެކު އެރުމުން ސިޔާދަތާއި މިނިވަންކަމުގެ ފަލަ ރަތް ރޮގުގެ ވެރިޔާ މުއިއްޒަށް ޗުއްޕުވެސް ނުބުނެވުނެވެ. ނަން ނެގޯޝިބަލް އިންޑިއާ އައުޓް ނެގޯޝިބަލް ކަމަކަށް ހަދާ ސިއްކަޖަހާ ރެސްކިއު އޮޕަރޭޝަންތަކުގައި އިންޑިއާ ޑޯނިއާ ބޯޓާއި ހެލްކޮޕްޓަރުތައް ބޭނުން ކުރުން އޯކޭވެ ޔުނީފޯމާ ނުލާ އިންޑިއާ ސިފައިން މަދަނީންގެ ގޮތުގައި ތިބުން ހަލާލު ވެއްޖެއެވެ. ޔާމީނުގެ ހަރާން ހުކުން ހަލާލު ވީގޮތަށެވެ.   

    މިހާރު އަޑަށް ބާރުލާފައި އެއްވެސް ބަޔަކާ ކުރިމަތިލުމަކަށް ދާން ނޫޅޭ ކަމަށް މުއިއްޒު އެ ބުނަނީ ކީއްވެކަން ވިސްނާ ބަޔަކަށް އެނގޭނެއެވެ. އިންޑިއާއިން ޖަހާލި ފިލިމަހުގެ ވަސްކޮޅު މުއިއްޒަށް ވީއެވެ. އިންޑިއާގެ ބަޖެޓުގައި އެހީ ގޮތުގައި ރާއްޖެއަށް ދޭން ނިންމަފައިވާ ފައިސާ ގަނޑުގެ ދަހިވެތި ކަމުގައި އަނގަކާން ފެށީއެވެ. އަދިއެއް ދިނީއެއް ނޫނެވެ. އެކަމަކު މުއިއްޒު އެ ލާރިގަނޑަށް ފަރިކޮށްގެން އިންޑިއާ އާއި ވަތްކަޑާލަން އުޅުނު އުޅުންވެސް އުނބަށް ޖަހަނީއެވެ. 

    ]]>
    Wed, 07 Feb 2024 14:38:49 +0500 ނިއުސް ޑެސްކް
    މަޖިލިސް ހޯދަން ސަރުކާރުގެ އާދޮގުތައް! https://heerasnews.com/2245 https://heerasnews.com/2245 އިންސާނުންނަށް ދޮގު ހެދެއެވެ. ނޫނީ ހަދައެވެ. ބިޓެއް ހޯދަން ނޫނީ ދެމަފިރިއަކު ދުރުކުރަން ނުވަތަ މަންފާއެއް ހޯދަން އަނެއްމީހާއަށް އޮޅުވާލަން ދޮގުހަދާ ތިމާ ބޭނުންވާ ކަންކަން ޙާޞިލު ކުރެއެވެ. 

    ދޮގުހެދުމުގެ ތެރޭންވެސް އާދަޔާ ހިލާފު ބޮޑު ކަމަކީ ގައުމެއްގެ ރައްޔިތުންނަށް ދޮގު ހެދިހެދީނުން ގޮސް ވެރިކަން ހޯދުމެވެ. ދިވެހިން މިތިބީ އެދަންތުރައިގައި ރަނގަޅަށް ބެދިފައެވެ.

    މިހާރު އޮތް ސަރުކާރު ވެރިކަމަށް އަންނަން ކުރި ކެމްޕޭނުގައި ހެދި ދޮގުތަކަށްފަހު ވެރިކަން ލިބުނެވެ. 2 ހާހަށްވުރެ ގިނަ ހަތިޔާރު އެޅި އިންޑިއާ ސިފައިންނާ ރައީސް ޔާމީނުގެ ހުސްގޮނޑި ހުވާކުރުމުގެ ރަސްމިއްޔާތާ ހަމައިން ގެއްލި އެހިސާބުން އެކަން އާތްވަށް އަރައިގެން ދިޔައެވެ.

    އެއްބަޔަކު އަތްދޫކޮށް އަނެއްބަޔަކު އެއްޗެއް ނުވަތަ ކަމެއް މެނޭޖްކުރަން ހަވާލުވުމުގެ ކުރިން މިޒަމާނުގައި ހަދާއެއްޗަކީ ޑިއުޑެލިޖެންސް ކިޔާ އެއްޗެކެވެ.  

    ރިސޯރޓެއް ވިއްކާލާ އިރު ގަންނަ ބަޔަކު އެތަން ގަންނަނީ މިބުނާ ޑިއުޑެލިޖެންސް ހަދާފައި އެއީ ކުރަން ރަނގަޅު ފައިދާ ބޮޑު ވިޔަފާރިއެއް ކަމަށް ހިސާބު ތަކުން ކަށަވަރު ވީމާ ނޫނީ ގަންނަ މީހާ އެރިސޯރޓެއް ނުގަންނާނެއެވެ.

    ކުރުކޮށް ބުނާނަމަ އެކުރާ ކަމަކީ ވަތްގަނޑުގައި ހުރި އެއްޗަކާ، އަންނަން އޮތް އެއްޗަކާ ދާން އޮތް އެއްޗެއް އަޅާ ކެނޑީމާ ވެސް ފައިދާ ވާތީ ޑީލް ނިންމަނީއެވެ.

    ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާއަކީ ވެސް ޑިއުޑެލިޖެންސެވެ. ހުވާ ކުރުމުގެ ކުރިން މިޕްރޮސެސް ހިންގުމަކީ ގާނޫނީ މަރުހަލާއެކެވެ. އެއް މަސްވަންދެން ސަރުކާާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތަކަށް ވަފުދުތައް ފޮނުވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އެވެ. އެމަގާމަށް މީހަކު ކަނޑަޅާނީ އިންތިހަބީ ރައީސްއެވެ. 

    ސަރުކާރުގައި ހުރި އެއްޗަކާ، ދާން އޮތް އެއްޗަކާ އަންނަން އޮތް އެއްޗެއް ހިސާބު ކުރުމަށްފަހު، ބަރާބަރަށް ގައުމު ހިންގޭނެތީ ރައީސް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ހުރިހާ ބިލެއް އެއްކޮށްލީމާ 30 މިލިއަނާ ގާތްކުރާ ރުފިޔާ 2 ދެގަޑިއިރުން ބާދަގަނޑަށް ހަދާލީ އިގްތިޞޯދުގައި ވަރުހުރެ، މާލިއްޔާގައި ބޯކޮށް ފައިސާ ހުރީމައެވެ.

    މިޕްރޮސެސް ފުރިހަމަވެ، ހުވާ ކުރެެއްވުމަށް ފަހުގައި ވެސް ރައީސް މުއިއްޒު އިއުލާން ކުރެއްވި ބޮޑެތި ކަންކަން ހަނދާން ކޮށްލާށެވެ. ވާދޫ ކަނޑު ހުރަސްކޮށް ބިޔާދު އަތޮޅަށް ކަނޑުއަޑިން ރޭލުގައި ދެވޭ ބިއްލޫރި ޓަނަލެއް އަަޅަން ނިންމެވީ ރައީސް މުއިއްޒެވެ. ބަލިމީހުން ޑުބާއީ އާއި ބެންކޮކަށް ފޮނުވައިގެން ފަރުވާދޭ ވާހަކަ ވިދާޅުވީ ވެސް އެ މަނިކުފާނެވެ. މިހާރުވެސް ވަޑައިގަންނަވާ ރަށްތަކަށް އެހެރަވާ ވައުދު ތަކެވެ. އެއަރޕޯޓާއި މަގުތަކާއި ކޯޒްވޭތަކާއި، ބަސަރާގެ މޮޅު ކަދުރާ އެކަދުރު ކާން ރައްޔިތުންނަށް ކޭސް ކޭހުގައި ރަން އިލޮއްޓެވެ. ހަމަ އަނެއް ނޭވާގައި ދައުލަތުގެ މާލިއްޔާގައި އެއްޗެއް ނެތް ވާހަކައެވެ. ބަޔަކު މޮޔަ ނުވިއްޔާ ދެރައެވެ.

    މިހާރު މިއޮތީ މަޖިލިސް އިންތިހާބެވެ. މިފަހަރު ހަދަންޖެހޭނީ އާ ދޮގު ތަކެކެވެ. މަޖިލިސް ވޯޓުހޯދަން ރައްޔިތުން އަރުވަން ޖެހޭނީ މުޅިން އެހެން ޅޮސް އުނދޯއްޔަކަށެވެ. އިގްތިޞޯދު އިނދަޖެހި، ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހޭ ވާހަކަ މިހާރު ވިދާޅުވަނީ ހަމްދަރުދީ ކާޑް ކުޅެގެން މަޖިލިހުގެ ވޯޓް ހޯދަން ކަމަށް ވާނަމަ އެޖަހަނީ ރަނގަޅު ހިސާބެއް ނޫނެވެ.

    އެންމެ ހައްގުވެރީންނަށޭ ވިދާޅުވެ ހަމަ އެކަނި ސަރުކާރު ހޮސްޕިޓާ ތަކުން މަދު ބަޔަކަށް އާސަންދަ ދޭން ނުނިންމަވައްޗެވެ.

    ސަބްސިޑީ ލިބޭނީ ހަމައެކަނި ނިކަމެތިންނަށް ކަމަށް ނިންމަވާ އެހެން މީހުންގެ ފެންބިލާ ކަރަންޓް ބިލު ބޮޑު ކުރައްވަން އުޅެގެން ނުވާނެއެވެ. ދައުލަތުގައި އެއްޗެއް ނެތޭ ވިދާޅުވެ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރާކަށް ރައްޔިތުން ނުރުހޭނެއެވެ. 

    ހުވާ ކުރެއްވީ ރަނގަޅަށް ހިސާބު ކުރެއްވުމަށް ފަހުގައެވެ. ހުރިހާ ޕްރޮޖެކްޓް ވާނީ ކުރިއަށް ގެންދާށެވެ. ރައްޔިތުންނަށް ލިބޭ އެއްވެސް ހިދުމަތެއް އުނިކޮށް ލޯލާރިއެއްވެސް ކަނޑައިގެން ނުވާނެއެވެ.

    އިގްތިޞޯދީ ދަތިވާހަކަ ދައްކާ ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވޭނެ ވާހަކަ ދައްކާ ނިމިގެން އަނެއް ނޭވާގައި ވިދާޅުވަނީ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކައެވެ. ނުވިތާކަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އިއްޔެ  ވިދާޅު ވަނީ ވަރަށް އަވަހަށް ރާއްޖޭގެ އެތަން މިތަނުން ޑުބާއީގެ މަންޒަރުތައް ފެންނަ ވާހަކައެވެ. ދުލުގައި ގޮއްނުޖެހޭތީ ދޮގުހަދަމުން ތިބެ އަނގަދިޔާ ކުރާއިރު ކިޔޭ ނުކިޔޭ އެއް ވާއެއް ނުވާއެއް ސާފެއް ނުވެއެވެ.

    ކޮވިޑް19ގެ ޢާލަމީ ވަބާއަކީ ރައީސް ސޯލިހުގެ ކެމްޕޭނު ވައުދަކުން ގެނައި އެއްޗެއް ނޫނެވެ. އެއީ ކުއްލިއަކަށް ލައިގަތް ބޮޑު މުސީބާތެކެވެ. ރައްޔިތުންނަށް ލިބޭ އެއްވެސް ހިދުމަތެއް އުނި ނުކޮށް، ސަރުކާރު މުވައްޒަފުންގެ މުސާރައިން ލޯލާރިއެއް ވެސް ނުކަނޑާ އެ 2 އަހަރާ އަނެއް 3 އަހަރު ގައުމު މެނޭޖްކުރީ ރައީސް އިބޫއެވެ. ކޮވިޑްގައި ވަޒީފާ ގެއްލި ހާލުގަ ޖެހުނު އެންމެނަށް ރައީސް އިބޫ ސަރުކާރުން އެހީތެރިވިއެވެ.

    ދިވެހިރައްޔިތުން އިބޫ ނޫންގޮތެއް ހޯދައިގެން ރައީސް މުއިއްޒު ވެރިކަމަށް ގެނައީ ހާލުގައި ޖެހޭކަށް ނޫނެވެ. އިބޫ ސަރުކާރަށްވުރެ ރަނގަޅު މޮޅު ގޮތް ބޭނުންވާތީއެވެ. ވީމާ ކުރީގެ ޑްރާމާ ބާވެ އާޑްރާމާ ތަކެއް ޖައްސައިގެން މަޖިލިސް ގޮނޑިތަކަށް ވޯޓު ހޯދޭނެކަމަށް ދެކޭނަމަ މިސަރުކާރަށް ވަރަށް ވެދުމެވެ.

    ]]>
    Wed, 07 Feb 2024 11:58:29 +0500 ނިއުސް ޑެސްކް
    ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދެވޭކަށް ނެތް: ރައީސް https://heerasnews.com/2244 https://heerasnews.com/2244 ރައްޔިތުންނަށް ކަންކަން ކޮށްނުދިނުމަށް ދަރަނިވެރި ކަމުގެ ބަހާނާ މުއިއްޒު ދައްކަން ފަށައިފިއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަވާލުކުރީ ދަރަނިވެރިކޮށްލާފައި އޮތް އިގްތިސާދެއް ކަމަށް ބުނެ މި ސަރުކާރަށް ވާރުތަވީ އިގްތިސާދު ގެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށް ރައްޔިތުން ގާތުގައި މުއިއްޒު ބުނަން ފަށައިފިއެވެ. 

    ކޮވިޑްގެ އާލަމީ ވަބާގައި މުޅި ދުނިޔެ ހުއްޓި އެއްވެސް އާމްދަނީއެއް ނުލިބި ރައްޔިތުން ބަޑަށް ނުޖައްސާ ދައުލަތް މިހާ ހިސާބަށް ވާރުތަކޮށް ދިނީތީ ޝުކުރުވެރި ވުމުގެ ބަދަލުގައި އުފައްދަން މުއިއްޒަށް އެނގެނީ ނަފްރަތެވެ. ދަތި އުދަގޫ ހާލުގައި ވެސް ކުކުރާނުލާ ރައްޔިތުންގެ ޑިމާންޑްތައް ފުރިހަމަކޮށް ދެއްވުމުގައި މަތިވެރި ގުރުބަނީއެއް ވެވަޑައިގެން ރައީސް ސޯލިހާމެދު ނަފްރަތު އުފައްދައިގެން ރައްޔިތުން އެދޭކަންކަން ނުކޮށް ދައުލަތް ލޫޓުވާލަން މުއިއްޒު މޮޅެތި ވާހަކަ ދައްކާނެ ކަމެއް ނެތެވެ.

    މާކަންވާ މީހަކަށް ހެދިގެން ދޮގު ވައުދުތައް ވެގެން ދައުލަތް ހިންގުމާ ހަވާލުވެދޭށޭ މުއިއްޒު ގާތުގައި މީހަކު ނުބުނެއެވެ. ދަރަނިވެރި ދައުލަތެއް ނަގާ ކޮނޑަށް ލައިގެން ހުރެ އިސްކަމޭ ތަރުތީބޭ ވައުދޭ ދަރަންޏޭ ނުކިޔާށެވެ. ޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭށެވެ. ވެރިކަން ހޯދީ މަވަރެއް ނެތްކަމަށް ދެއްކިގެންނެވެ.

    ކޮންމެ މަހަކު ސިޔާސީ މީހުންގެ މުސާރައަށް ބިލިޔަނުން ހަރަދު ކުރަން މުއިއްޒު ސަރުކާރުގައި ފައިސާ ހުރެއެވެ. ރިޔާސީ ގަނޑުވަރު އާބަތުރަ ފިލުވަން މިލިޔަނުން ހަރަދުކުރަން ސަރުކާރުގާ ފައިސާ ހުރެއެވެ. ހުވާކުރަން 22 މިލިޔަން ހަރަދުކުރުމަށް އޯކޭވީއެވެ.  22 ވުޒާރާއާއި އެތައް އައު ކުންފުންޏާއި އިދާރާތައް އުފައްދައިގެން ހަރަދު ކުރާނެ ފައިސާ މުއިއްޒު ސަރުކާރުގައި އެބަ އޮތެވެ. ބޮދުގެރި ބޭރަށް ހިންގާހެން މުއިއްޒާއި ސެންބެ ރާއްޖޭން ބޭރަށް ދަތުރު ކުރާނެ ފައިސާ ފުނިޖަހާފައި އެބަހުއްޓެވެ.

    ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަންނަން ބޯކޮށް ލާރި އެބައޮތެވެ. ފުށިދިއްގަރުފަޅު ހިއްކާނެ ގޮތް މުއިއްޒަށް އެބައޮތެވެ. ޓްރިލިއަން ޑޮލަރު ހަރަދުކޮށްގެން ރަސްޓަނަލް އަޅާނެ ގޮތްވެސް މުއިއްޒަށް އެބައޮތެވެ. ލަންކާއަށް އެއަރ އެންބިއުލާންސް ދަތުރު ކުރާނެ ފައިސާ އެބަހުއްޓެވެ. ޑުބާއީއާއި ބެންކޮކުން އާސަންދަ ދޭނެ ފައިސާ އެބަހުއްޓެވެ. އިންޑިއާ ސިފައިންނާ ވާދަކޮށްލެވޭ ވަރަށް ވައިގެ އުޅަނދު ދުއްވޭވަރުގެ އަސްކަރީ ގާބިލުކަން އުފެއްދޭނެ ފައިސާ އެބަހުއްޓެވެ. 

    މުއިއްޒަށް ނެތީ ރަށްރަށުގައި ފަށާފައިހުރި އަސާސީ ހިދުމަތްތައް ނިންމާނެ ފައިސާއެވެ. ރަށްރަށުގައި ވަޒީފާ އަދާކުރާ އާއްމު ރައްޔިތުންނަށް ދޭކުޑަ މުސާރަކޮޅު ދޭނެ ފައިސާއެވެ. 

    އަޖައިބެއް ނުވާނެހެއްޔެވެ. ނިމިދިޔަ ފަސް އަހަރުތެރޭގައި ކަރަންޓް ކެނޑިގެންނާއި ބޭނުންވާ ވަރަށް ކަރަންޓް ނުލިބިގެން ރައްޔިތުން ރަށްރަށުގައި އުޅޭ އަޑެއް ނީވެއެވެ. އައްޑޫއާއި ނައިފަރު ފަދަ އެއްވެސް ތާކުން ފެނުގެ ހިދުމަތް ކެނޑިގެން އުޅޭ އަޑެއް ނީވެއެވެ. މިވެރިކަމަށް އައިފަހުން އެ ހުރިހާ އަޑެއް އެބަ އިވެއެވެ. މިސް މެނޭޖުގެ ވާހަކަ ދައްކަން މުއިއްޒު ލަދުގެން ބަލާށެވެ. 

    އަތްގުޅި ނުކާވަރު ވައުދުވަމުން ދަރަންޏޭ އާމްދަނީއޭ ކިޔައިގެން ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން ނުހިނގާށެވެ. ކަންކަން ނުކުރުމުގެ ބަހަނާއަކަށް ކުރީ ސަރުކާރޭ ކިޔަކަސް އެވާހަކައެއް މިހާރަކު ނުހިނގާނެއެވެ. ފޮޓޯ ގަނޑަކާ ހުސް ގޮނޑިއެއް ވިއްކައިގެން ވެރިކަން ހޯދާ ހުސްގޮނޑި ތަކަކާ މުހާތަބުކޮށް ރިޔާސީ ބަޔާން އިއްވުނީމާ ލައްކައެކޭ ހީވަނީތާއެވެ. ތިޔަހެން ހޮޅި ހޮއްލަ ހޮއްލާ ހުއްޓާ ހޮޅިލާ ނަގަމުންދާ ރާޅުގެވަރު އެނގޭނީ ބިންދާލީމައެވެ.   

    ]]>
    Tue, 06 Feb 2024 18:00:26 +0500 ނިއުސް ޑެސްކް
    ގައްސާނު ކުރެއްވީ މުއިއްޒަށް މަލާމާތާ ފުރައްސާރަ https://heerasnews.com/2242 https://heerasnews.com/2242 އިއްޒަތްތެރި ދިފާއީ ވަޒީރު ގައްސާނު މައުމޫނެވެ. ވެރިމިހާގެ އަރިހުގައި ހުންނަވައިގެން ވެރިމީހާއަށް މަލާމާތްކޮށް ފުރައްސާރަ ކުރެއްވޭނީ ތިޔަހާކަށް ވަރަށެވެ. ރައީސް ޔާމީނުގެ މައްޗަށް ގިނަ ބައެއްގެ ހިތުލޯބި ހުސްކޮށްލައިގެން ތިބި ތ. ގުރައިދޫގައި ރައީސް މުއިއްޒު ފަލީހަތް ކޮށްލެއްވޭނީ ތިޔަހާކަށް ވަރަށެވެ. 

    އާދޭހެވެ. ވަރަށް ބޮޑު ތެދުފުޅެކެވެ. ރައީސް މުއިއްޒު ދެކެ މީހުން އިހުލާސްތެރި ލޯބި ނުވަނީ ގަދަބަސް ވިދާޅުވާތީއެވެ. ރައީސް މުއިއްޒު ވަރުގެ ބޭފުޅަކު ދުނިޔޭގައި ނެތްކަމަށް އަމިއްލައަށް ދެކިވަޑައިގެން ކުރައްވާ ކަންކަމުންނެވެ. ރައްޔިތުންނަށް މުއިއްޒު ކުރައްވާ ގަދަ ފަދަ އަމުރު ތަކުންނެވެ.

    ތެދުފުޅެކެވެ. ރައީސް މުއިއްޒަކީ މަޑުމައިތިރިކަމާ ލޯތްބާއެކު ރައްޔިތުންނާއި މުހާތަބު ކުރައްވަން ދެނިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ދޫފުޅަކީ ދޮގާއި އޮޅުވާލުމުގައި ވަރަށް ވިހަގަދަ ތޫނު ހަތިޔާރެކެވެ. މޫނުފުޅަށް ރުލެއްވެސް އަރުއްވާ ނުލައްވާ ބުހުތާން ދޮގު ހެއްދެވުމުގައި ލާމަސީލު މިސާލެކެވެ. ގައްސާނުގެ ވާހަކަފުޅު ތަކުން ރައްޔިތުންނަށް ސާބިތު ކޮށްދެއްވެވީ ރައީސް މުއިއްޒުގެ ބަސްފުޅުގެ ދޮގުކަމެވެ. ރައީސް މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކާއި ހިލާފުވެ ވަޑައިގަންނަވާ ކަމާއި އުނބަށް ޖެއްސެވުމުގައި ރައީސް މުއިއްޒަކީ ދެވަނައެއް ނެތް ބޭފުޅެއް ކަމެވެ.

    ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް އެއްރަށަކުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ތ. ގުރައިދޫ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓިދިން މައިގަނޑު ސަބަބަކީ ރައީސް ޔާމީނު މިނިވަން ކުރުމެވެ. ގުރައިދޫ ރައްޔިތުންގެ ކުރިމަތީގައި މަތިމައްޗަށް މުއިއްޒު ވެވަޑައިގެން ވައުދަކީ ރައީސް ޔާމީނު މިނިވަން ކުރެއްވުމެވެ. ރައީސް ޔާމީނު މިނިވަން ކުރައްވަން ވެވަޑައިގެން ބުހުތާން ވައުދު ނުފުއްދަވާކަން ގުރައިދޫ ރައްޔިތުންނަށް އެނގެއެވެ. ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތަ ނުދެއްވަން ކުރެއްވެން އޮތްހާކަމެއް ރައީސް މުއިއްޒު ކުރައްވާނެކަން އެންމެނަށް އެނގެއެވެ. 

    ރައްޔިތުންގެ ބުރަ މަސައްކަތުން ގައުމުގެ އޮއިވަރު ބަދަލު ކުރިނަމަވެސް ގައުމުގެ ދުވެލި ތަރައްގީގެ މިސްރާބާ ދިމާލަށް ބަދަލުނުވާކަން ގައްސާނަށް ވިސްނިވަޑައިގަނެއެވެ. ފުރުސަތުގެ ބޭނުން ރައްޔިތުން ހިފާ ރައީސް މުއިއްޒު ދޫކޮށްލުމަށް ގުރައިދޫ ރައްޔިތުންނަށް ގައްސާނު މެސެޖް ދެވީއެވެ. ރައީސް މުއިއްޒުގެ ކުރިފުޅުމަތީ ހުންނަވައިގެންނެވެ.

    ވާނީވެސ އެހެންތާއެވެ. ރައީސް މުއިއްޒުގެ އިއްޒަތާއި އިތުބާރާއި ހައިބަތު މީހުންގެ ކުރިމަތީގައި އުފުލެމުން ނުދާކަން ގައްސާނަށް އެނގިވަޑައިގަންނަވައެވެ. ހަތުރުން ފާރަވެރި ކަޅިއަކުން ހިތްހަމަނުޖެހި ފިލާތިބެ ކަންކަން ބަލަމުންދާ ކަމަށް ގައްސާން މައުމޫނު ވިދާޅުވީ އެހެން ވެގެންނެވެ. 

    ގައްސާނު އެވިދާޅުވާ ފިލާތިބެ ރައީސް މުއިއްޒު ކަންކަން ބަލަމުންދާ ހަތުރުންނަކީ އިދިކޮޅު އެމްޑީޕީއެއް ނޫނެވެ. އެހެނީ އެމްޑީޕީން ރައީސް މުއިއްޒުގެ ކަންކަމަށް ފާރަވެރިވަނީ ފިސާރި ފާޅުކަން ބޮޑުކޮށެވެ. އެކަމަކު ފިލާތިބެ ރައީސް މުއިއްޒަށް ފާރަވެރިވާ ހަތުރުންނަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ބައިވެރިންނެވެ. ރައީސް ޔާމީނުގެ ވަފާތެރިން ގިނަ ތ. ގުރައިދޫގައި މުއިއްޒު ކުރިފުޅުމަތީ ހުންނަވާ ގައްސާނު ކުރެއްވީ ރައީސް މުއިއްޒަށް މަލާމާތާ ފުރައްސާރައެވެ. 

    ]]>
    Tue, 06 Feb 2024 13:07:10 +0500 ނިއުސް ޑެސްކް
    ޝަރީއަތުން ނޫނީ އެކެއްގެ އެއް ފްލެޓް ވެސް ގެއްލިގެން ނުވާނެ https://heerasnews.com/2241 https://heerasnews.com/2241 ކާކު އިތުބާރު ކުރަންވީ ކާކަށް ހެއްޔެވެ. ދައުލަތުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދޭ ރަސްމީ ލިޔުމަކީ އިތުބާރު ނުކުރެވޭ އެއްޗެއް ކަމަށް އޭސީސީން ކަނޑައަޅައިފިއެވެ. ރަށު ކައުންސިލަކުން ރަށުގެ ރައްވެއްސަކާ ގުޅޭގޮތުންދޭ ރަސްމީ ލިޔުމަށް އިތުބާރު ނުކުރެވޭ ހިސާބަށް ދިޔުމުން އޭސީސީގެ ބަހަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ. 

    ރަށްރަށުން މާލެއައިސް މާލޭގައި ދިރިއުޅޭހާ މީހުންނަކީ ތަންތާ ވަޒީފާގައި އަބަދު އުޅޭ ބައެއްއް ނޫނެވެ. ބައެއް މީހުން ވަޒީފާ އަދާކުރި ކުންފުނިތަކާއި އޮފީސްތަކާއި ކިޔެވި ސުކޫލްތައް ވުޖޫދުގައި މިހާރަކު ނެތެވެ. އެތަން ތަނުން ލިޔުން ހޯދައިގެން ކުރަންވާ ކަމެއް އެފަދަ މީހުން ތިބެން ޖެހެނީ ނުކޮށެވެ. 

    މަލޭގައި އެންމެނަކު އުޅުނީކީ ފެށުނީއްސުރެ އެއްގެއަކު ނޫނެވެ. އެއް ވަޒީފާއެއްގައި އެއް ތަނެއްގައެއް ނޫނެވެ. ދިހަބާރަ ގޭގައި ދިރިއުޅުނު އާއިލާތައް މަދެއް ނުވާނެއެވެ. އެހުރިހާ ތަންތަނުން ލިޔުން ހޯދުމަކީ ފަސޭހަ ރަހުމަތެއްގައި ވެވޭކަށް އޮންނަ ކަމެއް ނޫނެވެ. އެހެން ނޫނަސް ދިރިއުޅުނު ގެއެއްގެ ވެރިފަރާތުންދޭ ލިޔުމަކީވެސް ބަލައިގެން ވާން އޮތް އެއްޗަކަށް ނުވެއެވެ.

    މާލޭގައި ދިރިއުޅުނުކަން ދަންނަ ހެކިންދޭ ހެކިބަހަކީވެސް ބަލައިގަނެވޭ އެއްޗަކަށް ވަނީއެއް ނޫނެވެ. އިސްލާމީ ޝަރީއަތުގައި ކުށް ސާބިތު ކުރަން ހެކިބަސް ބަލައި ގަނެވުނަސް ފްލެޓް ހައްގުވުމަށް ޕޮއިންޓް ލިބުމުގައި ހެކި ބަހަކީވެސް ބުރަދަނެއް އޮތް އެއްޗެއް ކަމަކަށް ނުވެއެވެ. 

    މިކަހަލަ އެތައް ސަބަބުތަކަށްޓަކައި އެމީހަކު ނިސްބަތްވާ ރަށެއްގެ ރަށު ކައުންސިލު ނުވަތަ ސިޓީ ކައުންސިލުން ދޭލިޔުން ބަލައިނުގަނެވޭ ވަރަށް ގޮތް ބޮޑުވީމާ ފްލެޓް ހައްގުވާ ކަމަށް ކަނޑައެޅިފައިވަ 400 މީހުންގެ %60 ޕަސެންޓް ކިއްކުރަން ހެއްޔެވެ. ސަތޭކަ ޕަސެންޓް މީހުންނަށް ވެސް ފްލެޓް ހައްގެއް ނުވާނެއެވެ. 

    ކައުންސިލު ތަކާއި ގޭގޭވެރިން ދޮގު މައުލޫމާތު ދީގެން ޝަރުތު ހަމަކުރުވިއްޔޭ ކިޔައިގެން އޮޅުވާލަން ނުހަދާށެވެ. ފްލެޓަށް ޝަރުތު ހަމަވީ އެންމެ 4000 މީހުނެއް ނޫނެވެ. 15000 މީހުންނަށްވުރެ ގިނަ ބަޔަކަށް ޝަރުތު ހަމަވެއެވެ. ކުރީ ސަރުކާރުން އިއުލާނުކުރީ ފުރަތަމަ ނިމޭ 4000 ފްލެޓަށް ހޮވޭ މީހުންނެވެ. ފުރަތަމަ 4000 މީހުން ހޮވީ މާރކްސް ލިބިފަހުރި ތަރުތީބުން މަތިން ތިރިއަށެވެ. އޭގެ މާނައަކީ ދެންތިބި މީހުން ޝަރުތު ހަމަ ނުވުމެއް ނޫނެވެ.

    މުޅި މަފްހޫމް އޮޅުވާލައިގެން ފްލެޓް ހައްގުވާ ކަމަށް ކަނޑައެޅިފައިވާ ބައެއްގެ ތެރޭން އެތައް ބަޔަކަށް ޝަރުތު ހަމަނުވާ ކަމަށްބުނެ އެމީހުން އެ ހައްގުން މަހުރޫމުކޮށް އެހެން ބަޔަކަށް ފްލެޓް ދީގެން ފަރަކު ނުޖެއްސޭނެއެވެ. %60 މީހުން ފްލެޓް ޝަރުތު ފުރިހަމަ ކޮށްފައިވަނީ  ދޮގު މައުލޫމާތު ދީގެންކަން ޝަރީއަތަށް ސާބިތުނުކޮށް މުއައްސަސާއަކުން ނިންމާފައި އޮތް ނިންމުމެއް ބަދަލުކޮށް ބައެއްގެ ހައްގެއް ނިގުޅައެއް ނުގަނެވޭނެ. 

    ރަށު ކައުންސިލްތަކާއި ހެކިންނަށް އިތުބާރު ނުކުރާނަމަ އެންޓި ކޮރަޕްޝަން ކަމިޝަނުން ކޮރަޕްޝަނެއް ނުހިންގާނެ ކަމަށް ބަލަން އެތާ ތިބެނިއްޔަކީ މަލާއިކަތުންނެއް ނޫނެވެ. ފާޑުފާޑުގެ ހަމަ އަޅުވައިގެން ޑރ. މުއިއްޒު ބޭނުންވާ ބަޔަކަށް ފްލެޓްތައް ބަހާލަން އޭސީސީން ޖާގަ ހަދާދިން ދިނުން ބަލައެއް ނުގަނެވެއެވެ. މަޖިލިސް އިންތިހާބަށް ޑރ. މުއިއްޒަށް އޭސީސީން ދޮންކޮށްދޭ ދޮންކެޔޮ ގަނޑަކަށް 4000 ފްލެޓް ހަދަނީ ހެއްޔެވެ.

    ހަމަތެދެކެވެ. މޮޅެތީ ވާހަކަ ދައްކައިގެން ދރ. މުއިއްޒު ޖަހާ ޗައްކަރުގައި ބަޔަކު ބައްދަން އޭސީސީން ހިންގި ޖަރީމާ މާގޯހެވެ. ހައުސިންގ މިނިސްޓްރީއާއި އޭސީސީން ކޮންމެ ވާހަކަ އެއްދައްކާ ކޮންމެ ހަމައެއް އެޅުވިޔަސް ވަރިހަމައެވެ. ފްލެޓް ލިބުމުގައި ދޮގު މައުލޫމާތުގެ މައްޗަށް ޕޮއިންޓް ލިބިފައިވާކަން ސާބިތުވާ މައްސަލަތައް ވަކިވަކީން ޝަރީއަތަށް ސާބިތު ނުކޮށް އެކެއްގެ އެއްފްލެޓް ވެސް ގެއްލިގެން ނުވާނެއެވެ. 

    ]]>
    Mon, 05 Feb 2024 17:05:00 +0500 ނިއުސް ޑެސްކް
    ރޮޒޭނާ ތަރި އޮއްސުނީތަ! https://heerasnews.com/2240 https://heerasnews.com/2240 ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެން ޕޮލިޓިޝަނުންނަކީ މަދުބައެކެވެ. ސިޔާސީ ކަންކަމުގައި ގިނަ އަންހެނުންނަކީ ފެނިގެއްލިދާ ބައެކެވެ. ސިޔާސީ ދައިރާއަށް ނިކުތީއްސުރެ މައިދާނުގައި ިފަހައްޓާ ލެވިފައި ތިިބި އަންހެނުންނަކީ މަދުބައެކެވެ. ހާއްސަކޮށް އިންތިހާބީ މަގާމުތަކުގައި ހިފަހައްޓަލެވޭ ކަނބަލުން ވަރަށް މަދެވެ. 

    ސިޔާސީ ކަންކަމުގައި ނަން ހިގާ ގިނަ ކަނބަލުން ފެނިފައިވަނީ އައްޔަނު ކުރެވޭ މަގާމު ތަކުންނެވެ. ހާއްސަކޮށް 2007ގައި މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ހުޅުވުނު ފަހުން ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އިސް ސަފުން ފާހަގަ ކުރެވޭ ގިނަ ކަނބަލުންނަކީ އިންތިހާބީ ބައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކަނބަލުން އިންތިހާބު ވަނީ ވަރަށް މަދުންނެވެ. ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ތިއްބެވީ އެންމެ 4 އަންހެން ބޭފުޅުންނެވެ. 

    އައު ގާނޫނު އަސާސީ ތަންފީޒު ކުރަންފެށި ފަހުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ގިނަ ކަނބަލުންނަށް އެއް ދައުރަށްވުރެ އިތުރަށް މަޖިލިހުން ޖާގައެއް ނުލިބއެވެ. އެއް ދައުރަށްވުރެ ގިނަ ދައުރު މަޖިލީހުގައި ތަމްސީލް ކުރުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ ދެ ކަނބަލުންނަށެވެ. ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރ އީވާ އަބްދުއްލާ އާއި އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ ރޮޒައިނާ އާދަމްއެވެ. ރާއްޖޭގައި ތިބި އެންމެ ވަރުގަދަ އަންހެން ދެ ޕޮލިޓީޝަނުންނަކީ އެ ދެ މެންބަރުންނޭ ބުނެވިދާނެއެވެ. 

    އެންމެ ފަހުން އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީގައި ވާދަކޮށް 30 ވޯޓުގެ ތަފާތަކުން ބަލިވެ ވަޑައިގެން ރޮޒައިނާ އާދަމަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ހަންބޯ އެންމެ ޖެހެލުން ކުޑަ އެންމެ ކާމިޔާބު އަންހެން ޕޮލިޓީޝަނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެމްޑީޕީގައި ރޮޒައިނާ ހުންނެވި މަގާމާއި ޕާޓީގެ ލީޑަރޝީޕްގައި އެކަމަނާގެ ބަސްވިކުން އޮތް މިންވަރަށް ބަލާއިރު ޕްރައިމަރީއަކަށް ދާން ކެރިވަޑައިގަތް ގަތުމަކީ އެކަމަނާގެ ސިޔާސީ ދުރު ވިސްނުމާއި ޑިމޮކްރަސީ ހަޖަމް ކުރެއްވުމުގެ ގާބިލުކަން ހުރިވަރެވެ. އަމިއްލަ ނަފްސަށްވުރެ ޕާޓީއަށް ގޮނޑި ކާމިޔާބު ކުރުވުމަށް އިސްކަން ދެއްވި މިންވަރެވެ.

    2008ގައި ރައީސުލްޖުމްހުރިއްޔާގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ވެއްނެވީއްސުރެ މިއަދާ ހަމައަށް އެހުންނެވީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ. 16 ވަނަ މަޖިލީހަށް ރައީސް އައްޔަނު ކުރެއްވި މެންބަރެއްގެ ހައިސިއްޔަތުން ރޮޒައިނާ ފެއްޓެވި ބަރުލަމާނީ ހަޔާތުގައި އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު 17،18،19 ވަނަ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރެއްވީ ގޮނޑި ހޫނު ކުރައްވާކަށް ނޫނެވެ. ފިސާރި ކަނބަލެއްގެ ގޮތުގައެވެ. 

    ނަތީޖާއެއްގެ ގޮތުން ވާދަވެރިން ޖެހެލުންވާ ކަނބަލަކަށް ރޮޒޭވިއެވެ. އެންމެ ގިނަ ސިޔާސީ ހަމަލާތައް އަމާޒުވާ އެއްޕޮލިޓިޝަނަކަށް ރޮޒޭނާ ވިއެވެ. ރޮޒޭނާގެ ހަކަތަ ހުސްކޮށްލަން އެތެރޭންނާ ބޭރުން ހުއްޓުމެއްނެތި މަސައްކަތް ކުރިއެވެ. ބޯވައަށް ބުޅަލަށް މީދަލަށް ގޮވައިގެންވެސް ރޮޒައިނާ ސިޔާސީ މައިދާނުން އެއްފަރާތް ކުރެވޭތޯ ކުރި ބަޔަކު މަސައްކަތް ކުރީ އެމްޑީޕީ ބަލިކަށިކޮށް ލުމަށެވެ. ސިޔާސީ އާޖުފާޖު ރަނގަޅަށް އެނގޭ ދެވަނަ ރޮޒައިނާއެއް އުފެއްދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ވާދަވެރި ސިޔާސީ ލީޑަރުންނަށް ރަނގަޅަށް އެނގެއެވެ. 16 ވަރަކަށް އަހަރުގެ ބަރުލަމާނީ ހިދުމަތަށް ފަހު ޕްރައިމަރީން މަދު ވޯޓްކޮޅަކުން ރޮޒޭ ބަލިވުމަކީ އެކަމަނާގެ ސިޔާސީ ތަރި އޮއްސުމެއް ނޫނެވެ.  

    ]]>
    Mon, 05 Feb 2024 14:53:57 +0500 ނިއުސް ޑެސްކް
    ގުނޫތު ނާޒިލާ ނުކިޔާން ސީނުން އަމުރުކުރީތަ! https://heerasnews.com/2239 https://heerasnews.com/2239 ފަލަސްތީނަށްޓަކައި ރާއްޖޭގައި ދުއާ ކުރުން މުއިއްޒު ސަރުކާރުން ހުއްޓުވައިފިއެވެ. ހަމާސް ނައްތާލުމުގެ ނަމުގައި ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ގަތުލު އާއްމާ ދެކޮޅަށް ރާއްޖޭގައި ފަށައިގެން ކުރިއަށް ގެންދިޔަ ގުނޫތު ކިޔުން ހުއްޓުވީ ގައިރު ގާނޫނީ ވަޒީރު ޑރ. ޝަހީމުގެ އަމުރަށެވެ. ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކުރެވޭ ކޮންމެ ފަރުލު ނަމާދެއްގެ ފުރަތަމަ ޖަމާއަތުގައި ކިޔަމުން އައި ގުނޫތު ކިޔުން ހުއްޓުވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. 

    ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް އިޒްރޭލުން ކުރާ އަނިއާއަށް ކުޑަވެސް ލުޔެއް ނުދެނީސް ކުއްލި ގޮތަކަށް ގުނޫތު ކިޔުން ހުއްޓުވާލި ސަބަބެއް ގައިރު ގާނޫނީ ވަޒީރު ހާމަކޮށެއް ނުދެއެވެ. މިހެން ބުނުމުން ހާސަރު ތަކެއް ދަމާ ނެތް ސަބަބެއް އުފަން ކުރުވާނެއެވެ.

    މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާކުރުން ކަމަށް ވާއިރު ގަވައިދުން ކުރެވެމުން އައިކަމެއް ހުއްޓުވާލީ އެކަމަކީ ދީން ވިއްކާ ޝަހީމަށް އަނބުރަށް ފައިސާ ގަނޑެއް ނުލިބޭ ބާއެވެ. ގުނޫތު ނާޒިލާ ކިޔުމަކީވެސް ފައިސާ ލިބޭ ކަމަކަށް ބަދަލުކޮށްގެން ކިޔާ ގުނޫތަކަށް ހަދަނީ ހެއްޔެވެ. 

    ފައިސާއަށް ދީން ވިއްކާ ވަޒީރު ފައިސާ ނުލިބޭ ގޮތަކަށް ދީނުގެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އިންތިޒާމް ކުރަނީ ނޫންބާވައެވެ. ފަލަސްތީނަށް އެހީތެރިވުމުގެ ނަމުގައި ގުނޫތުގައި ބައިވެރި ވުމަށް ކޮންމެ މީހަކު ވަކި ޗަންދާއެއް ދައްކާ ގޮތަށް ހަމަ ޖެއްސުމަކީ ވެސް ދުރުކަމެއް ނޫންތާއެވެ. 

    ފަލަސްތީނަށް ނަސްރު ދެއްވުން އެދި ރާއްޖޭގައި ގުނޫތު ކިޔާކަން އެނގިގެން އެކަން ހުއްޓުވުމަށް ސީނުން އަމުރުކުރީ ނޫން ކަމެއްވެސް ނޭގެއެވެ. ޔޫގޫރު މުސްލިމް މުޖުތަމައަށް ރޯދައަށް ތިބުން މަނާކުރާ ބަޔެއްގެ އުނގަށް ވެއްޓިގަތީމާ އެ ވަރުކަމެއް ހުއްޓުވުމަކީ ވެސް ވެދާނެ ކަމެކެވެ. 

    ރޮހިންޔާ މައްސަލަައިގައި ދުނިޔޭގެ ކޯޓުގައި ހިންގި މައްސަލައަށް ކުރީ ސަރުކާރުން ތަދައްހުލު ވެފައި އޮތަތީ އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާއިން ދުނިޔޭގެ ކޯޓުގައި ހިންގާ މައްސަލައިގެ ތެރެއަށް ރާއްޖޭން ތަދައްހުލު ނުވެ އޮތީ ކީއްވެތޯ މި ނޫހުައި ލިޔުނީމާ އޭގެ ދެ ދުވަސްފަހުން އެ މައްސަލައަށް ރާއްޖޭން ތަދައްހުލު ވެއްޖެއެވެ. 

    އިޒްރޭލު ޕާސްޕޯޓް މަނާ ކުރަން ނުކެރި ފަހައްތު ފަޔަށް ބަރުވެ އެކި ބަހަނާ ދައްކަނިކޮށް އިޒްރޭލުން ރާއްޖެ ބޮއިކޮޓް ކުރީއެވެ. އިޒްރޭލުގެ މަސްލަހަތު ހުރި ހުރިހާ ވިޔަފާރި ބާރަށް ރާއްޖޭގައި ހިންގުވާ އިޒްރޭލަށް ފައިސާ ޖަހާދޭ މެޝިނަކަށް ރާއްޖެ ހަދައިގެން ހިރުވާތަން ކަހާވެސް ނުލާ އެބަތިބެއެވެ.

    އެހެން ކަމުން ކިޔަމުން އައި ގުނޫތު ނާޒިލާ ހުއްޓާލުމުން ވެސް އެނގެނީ ފަލަސްތީނު މައްސަލައިގައި ކޯޓުގައިވީ ތަދައްހުލަކީ އައސީޖޭގައި ވަކަލާތުކުރުމުގެ ނަމުގައި ބައި އަޅާގެން ދައުލަތުން ލާރި ގަނޑެއް ދަވާލަން ކުރިކަމެއް ކަމެވެ. މި ދާވަރުން ދަންޏާ ނަމާދަށް މިސްކިތަށް އަރާ މީހުން އަތުންވެސް ޝަހީމު ޗަންދާ ނަގާނެއެވެ. 

    ]]>
    Sun, 04 Feb 2024 17:57:00 +0500 ނިއުސް ޑެސްކް
    މުއިއްޒުގެ ފުރަތަމަ ރިޔާސީބަޔާން އިއްވާނީ އަސްލަމްގެ ރިޔާސަތުގަ: ހުސައިން https://heerasnews.com/2238 https://heerasnews.com/2238 ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރ ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ. ހުސައިން އެހެން ވިދާޅުވީ  މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމު ނޫން އެހެން މެންބަރަކަށް ރިޔާސަތު ހަވާލުކުރުމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގޮވާލެއްވުމާ ގުޅިގެން ހީރަސް ނިއުސްއިން ދެންނެވި ސުވާލަކާ ގުޅިގެންނެވެ.

    މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ކުރެއްވި އެކްސްއެއްގައި ގޮވާލައްވައިފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވެއްދުމާ އެކުގައި، ނަޝީދު ވެސް ރިޔާސަތުން ދުރަށް ޖެހިވަޑައިގެންނެވި ކަމަށާއި، މާދަމާގެ މަޖިލިހުގެ ރިޔާސަތު ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންނާ ހަވާލުކޮށް ދެއްވުމަށެވެ. 

    ސަރުކާރަށް ތާއީދުކުރާ 23 މެންބަރުން ސޮއިކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބުރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. އެކަމުގެ ނޯޓިސް އެބޭފުޅުންނަށް ފޮނުވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. 

    މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމެއް އޮތް ކަމުގައި ވިޔަސް އެ ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމުގެ ޖަލްސާ ނޫން އެއްވެސް ޖަލްސާއެއްގެ ރިޔާސަތު ރައީސާއި ނައިބު ރައީސް ބެލެހެއްޓެވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ ހިސާން ހުސައިން ވެސް ވިދާޅުވަނީ މާދަމާގެ ޖަލްސާގެ ރިޔާސަތު ރައީސް އަސްލަމު ބެލެހެއްޓެވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށެވެ. 

    އުސްތާޒާ ހިސާން ވިދާޅުވި ގޮތުގައި މަޖިލީހުގެ ކުރީގެ ރައީސް، ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅުމުން ދުވަސް ކޮޅަކަށް ރިޔާސަތުން ތަނާޒުލްވެ ވަޑައިގަތުމަށް ފަހުވެސް އިތުބާރުނެތް ކަމުގެ ގަރާރު މަޖިލީހުގައި އޮއްވާ، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ރައީސް ނަޝީދު ވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައިވެއެވެ.

    މެންބަރު ހުސައިން ޝަހީމް ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ފާޅު އެ ކުރައްވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ރައުޔު ކަމަށެވެ. ޓޮމްގެ އެ ވާހަކަފުޅަކީ މަޖިލީހުގެ ގަވައިދާއި އެއްވެސް އިޖުރާތަކާ ގުޅުމެއް ނެތް ވާހަކަފުޅެއް ކަމަށް ހުސައިން ވިދާޅުވިއެވެ.

    ]]>
    Sun, 04 Feb 2024 15:57:08 +0500 ނިއުސް ޑެސްކް
    ކާމިޔާބު ޕްރައިމަރީއެއް & 40 ޓިކެޓް ކަށަވަރު https://heerasnews.com/2237 https://heerasnews.com/2237 ޑިމޮކްރެޓިކް ފުރިހަމަ ހަރަކާތެއް އެމްޑީޕީ އިއްޔެ ހިންގާ ނިންމާލީ ވަރަށް ސުލްހަވެރިކޮށެވެ. އެމްޑީޕީން އިއްޔެ ބޭއްވީ ވަރަށް ކާމިޔާބު ޕްރައިމަރީއެކެވެ. އެކަމަށްޓަކާ އެމްޑީޕީގެ ޗެއަރޕަރސަން އަލްއުސްތަޒު ފައްޔާޒު އިސްމާއީލް ވަނީ އެ ޕާޓީގެ އެންމެހާ މެންބަރުންނަށް ޝުކުރު އަދާކުރައްވަފައެވެ. އެމްޑީޕީގެ ޕާޓީ ޓިކެޓު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ފައްޔާޒު ވަރަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެއެވެ.

    ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޕާޓީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ ޕްރައިމަރީ އޮތް 40 ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ބޭފުޅުންނަކީ:

    1. ބާރަށު ދާއިރާ: އަލީ އަސްގަރު
    2. ކެލާ ދާއިރާ: އަހުމަދު ގާލިބު
    3. ހަނިމާދޫ ދާއިރާ: އަބްދުލްޣަފޫރު މޫސާ
    4. ނޮޅިވަރަމް ދާއިރާ: އަލީ އަބްދުލް ރަހުމާން
    5. ކުޅުދުއްފުށި ދެކުނު ދާއިރާ: އަލީ ވަހީދު
    6. ކޮމަންޑޫ ދާއިރާ: މުހައްމަދު ސިނާން
    7. ކެނދިކުޅުދޫ ދާއިރާ: އަބްދުﷲ ޝަހީދު
    8. މަނަދޫ ދާއިރާ: އަހުމަދު ހާރޫނު
    9. ވެލިދޫ ދާއިރާ: މުހައްމަދު އަބްދުﷲ ޝަފީގު
    10. އަލިފުށި ދާއިރާ: މުހައްމަދު ރަޝީދު ހުސައިން
    11. އުނގޫފާރު ދާއިރާ: އިބްރާހީމް ޝިޔާމް
    12. މަޑުއްވަރީ ދާއިރާ: ނަސްރުﷲ ހުސައިން
    13. ހިތާދޫ ދާއިރާ: އާޔަތުﷲ ހުސައިން
    14. ކެންދޫ ދާއިރާ: މައުރޫފް ޒާކިރު
    15. ނައިފަރު ދާއިރާ: އަހުމަދު ޔާސިރު
    16. ކާށިދޫ ދާއިރާ: އަބްދުﷲ ޖާބިރު
    17. މަހިބަދޫ ދާއިރާ: އަހުމަދު މުއާޒު އަބްދުﷲ ޖާބިރު
    18. ކެޔޮދޫ ދާއިރާ: މުހައްމަދު ނިއުޝާދު
    19. ބިލެތްދޫ ދާއިރާ: އަހުމަދު ހަލީމު
    20. ކުޑަހުވަދޫ ދާއިރާ: ހަމްޒަތު ދޮން މަނިކު
    21. ވިލުފުށި ދާއިރާ: އާދަމް މުހައްމަދު
    22. ކިނބިދޫ ދާއިރާ: މުހައްމަދު ނާޝިޒު
    23. އިސްދޫ ދާއިރާ: އަހުމަދު ޝުހާދު
    24. މާވަށު ދާއިރާ: އަހުމަދު ޝާކިރު
    25. ވިލިނގިލި ދާއިރާ: ސައުދު ހުސައިން
    26. ތިނަދޫ ދެކުނު ދާއިރާ: ޒިފްލީން ހަސަން
    27. މަޑަވެލި ދާއިރާ: އިބްރާހީމް ނާފިޒު
    28. ފުވައްމުލައް ދެކުނު ދާއިރާ: ނަޒްރާ ނަސީމް
    29. ހުޅުދޫ ދާއިރާ: ސާމިއު އަންވަރު
    30. މަރަދޫ ދާއިރާ: އަހުމަދު ދީދީ
    31. ހިތަދޫ މެދު ދާއިރާ: މުހައްމަދު ޝުއާއު
    32. މީދޫ ދާއިރާ: މުހައްމަދު ޞަބްރީ
    33. ފޭދޫ އުތުރު ދާއިރާ: އަހުމަދު ޝަރީފް
    34. މަތިވެރި ދާއިރާ: އަހުމަދު އަސްލަމް
    35. ތޮއްޑޫ ދާއިރާ: ހުސައިން ސަމީރު
    36. ހުޅުމާލެ ދެކުނު ދާއިރާ: އަހުމަދު ޝަމްހީދު
    37. ވިލިމާލެ ދާއިރާ: އަބްދުލް މަޖީދު މުޝައްރަފް އަބްދުލް ރައްޒާގު
    38. ހެންވޭރު ހުޅަނގު ދާއިރާ: އަހުމަދު ސަލީމް
    39. ހުޅުމާލެ މެދު ދާއިރާ: ސަފާތު އަހުމަދު ޒާހިރު
    40. ހުޅުމާލެ އުތުރު ދާއިރާ: މޫސާ އަލި މަނިކު

    އިސްވެ ބުނެވިދިޔަ 40 ދާއިރާ ނޫން އެހެން ދާއިރާތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުންވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.  ޕްރައިމަރީގައި ވާދަކުރައްވާ ޓިކެޓް ކާމިޔާބު ނުކުރެއްވުނު ބޭފުޅުންގެ ތެރޭގައި މިހާރުގެ އިއްޒަތްތެރި މެންބަރުން ކަމުގައިވާ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ކެޔޮދޫ ދައިރާގެ އިއްޒަތްތެރި މެންބަރ ހުސައިން ގާސިމާއި މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ ރޮޒައިނާ އާދަމް ހިމެނި ވަޑައި ގަންނަވައެވެ. އެމްޑީޕީ މަޖލިސް ޕްރައިމަރީގައި ވޯޓު ލާފައިވަނީ 16،048 މީހުންނެވެ.

    ]]>
    Sun, 04 Feb 2024 13:51:12 +0500 ނިއުސް ޑެސްކް
    އިންޑޯ&ޗައިނާ ވާދައިގެ މެދަށްލާ މުއިއްޒު ރާއްޖެ ފިއްތާލިގޮތް. https://heerasnews.com/2236 https://heerasnews.com/2236 އެންމެނާ ގުޅޭ އެކުވެރި ސުލްޙަވެރި މެހެމާންދާރީ އަދާ ކުރުމުގައި ދުނިޔެއަށް ނަމޫނާ ދެއްކި ދިވެހިރާއްޖޭގެ ރީތިނަން ކިލަނބުވެ މާޒީގެ ތެރެއަށް ގޮސް އޮބާލަނީއެވެ.  

    މިހާރުމިއީ ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ އަވަށްޓެރި އިންޑިއާ އާއި މާދުރުގައި އޮތް ޗައިނާގެ ވާދައިގެ އަލިފާނަށް ދަރުއަޅައިދޭ ގައުމެވެ.

    މިހިނދުން މިހިނދަށް ހިނގާ ކަމަކީ ރާއްޖޭގެ އިރުމައްޗާ ހުޅަނގުގެ އިގްތިޞޯދީ އިިމުގައި ޗައިނާގެ ޖާސޫސީ މަނަވަރު ފަހަރުން އަތްފުނާ އަޅަމުން ކުރާ ކަމެއް ކުރަނީއެވެ. އަނެއްކޮޅުން ރާއްޖޭގެ އުތުރުން ގޮވާލީމާ އަޑު އިވޭ ހިސާބު ކައިރީގައި އޮތް އިންޑިއާގެ ސަރަހައްދު ބަލަހައްޓާ މަނަވަރު ފަހަރުން ހަތިޔާރާއެކު ދިވެހި މަސްދޯނި ފަހަރަށް އަރާ ބަލާފާސް ކުރަނީއެވެ. 

    އަމިއްލަ ސަރަހައްދު ބެލެހެއްޓޭވަރުގެ ގާބިލްކަން ނެތް ވާހަކަ ރާއްޖޭގެ އަސްކަރިއްޔާގެ ޖެނެރަލުން ތަކުރާރުކޮށް ބުނެބުނެ އޮއްވާ ވެރިކަމުގެ އެދުމުގައި އުޅެގަތް ގޮތުން ދިވެހިރާއްޖެ މިވަނީ ދުނިޔޭގެ ބޮޑު ދެބާރެއްގެ ވާދަވެރި ކަމުގެ ޝިކާރައަކަށްވެ، އެދެމެދުގައި ތާށިވެފައެވެ.

    ބެދިފައިހުރި މަޅި ދުވަހެއް ދުވަހަކަށް ބާރުވެ ދިވެހިންނަށް ނޭވާ ނުލެވުނަސް ތިމާމެންނަށް ރާއްޖޭގެ ވެރިކަން ލިބެނިކޮށް ހެޔޮވެފައެވެ.

    ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ ސުލްޙައަށް ލޯބި ކުރިގައުމެކެވެ. އެންމެނާ އެކުވެރި އެންމެންގެ ރުހުން ލިބިފައިއޮތް ފަޚްރުވެރި މިނިވަން މުސްތަގިއްލު ގައުމެކެވެ.  ނަމަވެސް ވެރިކަމުގެ އެދުމުގައި ނެތް މައްސަލަތައް އުފައްދާ ބޮޑުކޮށް، ފިތުނަވެރި ނަފްރަތުގެ ބަސްތައް ތިމާމެންނާ އަރާ އަރަފޯދިގެންނުވާ ބޮޑެތި ގައުމުތަކާ އެގައުމުތަކުގެ ސަރުކާރަށް އަމާޒުކުރީ ލައްކައެކޭ ހީވެގެން ތިބެއެވެ.

    އެއްބަޔަކަށް ވިކި ހުސްވެގެން އަނެއް ބަޔަކާ ދިމާކުރީމާ އެއީ ކޮން ގައުމިއްޔަތަކާ، ކޮން މިނިވަންކަމަކާ އިސްތިގުލާލަކާ ސިޔާދަތެއް ހެއްޔެވެ؟

    ދީނާ ގައުމުދެކެ ލޯބިވާކަން ދައްކަނީ ވެރިކަމުގެ އެދުމުގައި، ހަމައެކަނި ބޭރު ފުށަށެވެ. މިހެން ކިޔައިގެން ނުކުމެ އުޅެނީ އެހެން ދިވެހިންގެ ނެތް ލޯތްބަކާ ހުރުމަތެއް ދީނާ ގައުމަށް ހުރެގެން ކަމެއް ދެނަހުރި މީހަކު ނެތެވެ. ރާއްޖެ ކުޑަވީމާ މިއުޅޭ އެންމެންނަކީ ދެންތިބި މީހުންވެސް ދެކެފަރިތަ ދަންނަ، އެމީހުންގެ މާޒީއާ އުޅުމާ ގުޅުންތައް އެނގޭ މީހުންނެވެ. 

    ފައިސާ ފޮއްޗެއް އަތުޖެހެން އޮތިއްޔާ އެދިރުވާ ނުލާ ލޮލުފިޔަ ނުޖެހުނު މީހުން ވެރިކަން ބޭނުންވީމާ ގައުމުދެކެ ލޯބިން ދެފައިގާތް ނުވާ އަމާނާތްތެރިން ކަމުގައި ހެދިގަނެއެވެ. ލާާހެއްދެވިހާ ގޮތަކަށް އުޅެމުން، ދޮގެއް ހެދެން އޮއްވާ ތެދެއް ނުބުނެ، އަނބުރައިގަނެގެން ވެސް ހުޅަނގަށް ބޯއޮންނަ ގޮތަށް ނުވެއްޓި އުމުރުހުސް ކުރާ އިރު، ވެރިކަމާ ޖެހުމުން އިސްލާމް ދީން ދެކެ އެހެރަވާ ކަމަށް ދައްކާ ގިރިޓީ ލޯތްބެކެވެ.

    ބުނަން ހެއްޔެވެ؟ މާދީނީ އަދި ގައުމީ ވެގެން ތިޔަ އުޅޭ އެކަކީ ވެސް އެތެރޭގައި އޭގެ ކަންފުޅެއްވެސް ނެތި ކުއްލިއަކަށް ދެހަން ދޭތެރެއަށް ގައުމިއްޔަތު ވަދެގެން ތުރުތުރު އަޅާ މީހުންނެވެ. ތިޔައީ ހަމަ އެހެންވެސް މިއުޅޭ ދިވެހިން ފަދަ މީހުންނެވެ. ގައުމިއްޔަތުގައި ޖެހިގެން އަނގައިން ފޮނުއަރުވާ އަތްފައި ބަޅާބުޅި އަރުވަނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ވެރިކަން ހޯދައިގެން ޖީބު ބޮޑުކުރުމުގެ ބޭނުމުގައި އެކަންޏެވެ.

    ހައްދުފަހަނަ އެޅި ގައުމިއްޔަތު އަމިއްލަ އެދުމަށްޓަކާ ކުރިއަށް ނެރެގެން ވަޖިދުވުމުން ގައުމަށް ވަމުންދާ ގެއްލުން ދެކޭށެވެ. ދުނިޔޭގެ ކުރިމަތީގައި އޮތް ސުލްހަވެރި އެކުވެރި ދިވެހިރާއްޖެ މިއޮތީ ތަޅާފޮޅާ ޒުވާބު ކުރަން މަގުމަތީގައި އުޅޭހެން އިންޑިއާ ކަނޑުގައި އުޅޭ ޕާޓޭ އަކަށް ވެފައެވެ.

    ހުރިހާ ގެއްލުމެއް އޮތީ ރައްޔިތުންނަށެވެ. ގައުމުގެ އިރާ ހުޅަނގުގެ އިގްތިޞޯދީ އިމުގައި ޗައިނާގެ މަނަވަރުތައް ޖާސޫސް ކުރަނީއެވެ. އުތުރުން މަހަށް ނުކުންނަ ދޯނި ފަހަރަށް އިންޑިއާގެ ބޯޑަރު ސިފައިން ހަތިޔާރާ އެކު އަރާ ފާސްކުރަނީއެވެ.

    ދިވެހިންގެ ރާއްޖެއޭ ކިޔަމުން ވެރިކަމަށް އަރާ ގައުމު މިއޮތީ ކާޅަށްދީފައެވެ. މިއަށްވުރެ ބޮޑު އަނިޔާއެއް، ޚިޔާނާތެއް ދިވެހިންގެ ބަޔަކު މިގައުމަކާ ކުރިމައްޗެއް ނުކުރެއެވެ.

    ]]>
    Sun, 04 Feb 2024 11:47:53 +0500 ނިއުސް ޑެސްކް
    މާރޗް 10ގެ ކުރިން އިންޑިއާ ސިފައިން މަތިމަސް ބާލާނެ https://heerasnews.com/2235 https://heerasnews.com/2235 ދެގައުމު އެއްބަސްވާ ގޮތަކަށް ޑޯނިއަރ އާއި ހެލިކޮޕްޓަރ ދުއްވަން ދެގައުމު އެއްބަސްވެއްޖެއޭ ބުނާ އިރު ހީވަނީ ކުރިން އެތަކެތި ދުއްވީ ދެގައުމު އެއްބަސް ނުވެހެންނެވެ. ދެކެން ތިބޭށެވެ. ކުރިންވެސް ދުއްވި ގޮތަށް ދެންވެސް އެތަކެތި ދުއްވާނެއެވެ. އެކަމަށް އެއްބަސްވެސް ވެއްޖެއެވެ.

    ފިނދުކިބައިގައި ކާށިފޮއްޗަކާ ލައިގެން ކާލާނެ މަސްކޮޅެއް ނެތް މީހުން މާބޮޑަށް ފުއްޕަން ފެށީމާ ވާގޮތް މާ ތާހިރެއް ނުވާނެއެވެ. ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނީ ބަރަހަނާއެވެ. 

    މާރޗް 10ގެ ކުރިން ބާލަންޏާ އިންޑިއާ ސިފައިން ބާާލާނީ މަތިމަހެވެ. މިހާރުވެސް އެއީ އަކީ ބާލާކަށް ޔުނިފޯމް އަޅައިގެން ހަތިޔާރު ހިފައިގެން އުޅޭ ބައެއް ނޫނެވެ.

    ރައީސް ޑރ. މުއިއްޒެވެ. ތިޔަހާ ވަރަށް ރައްޔިތުންނަށް އޮޅުވާލައްވަން ނުހައްދަވާށެވެ. ކުރިއްސުރެ ވެސް މިއަންނަނީ ބުނަމުންނެވެ. އިންޑިއާގެ ޑޯނިއަރއެއް ހެލިކޮޕްޓަރެއް އެތަކެތި އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންނެއް ރާއްޖެއަކުން ނުބޭލޭނެއެވެ. ނުވެސް ބާލާނެއެވެ. ބާލާކަށް ނުވެސް އުޅެއެވެ. ބޭލުމުގެ ބޭނުމެއްވެސް ނެތެވެ. ބާލައިގެންވާ ގެއްލުމަށްވުރެ ތިބެގެން ލިބޭ ފައިދާ ބޮޑުވާނެއެވެ. 

    ރާއްޖޭގައި އިންޑިއާއިން އޮޕަރޭޓް ކުރާ ޑޯނިއަރ އާއި ހެލިކޮޕްޓަރު ތަކަކީ މިލިޓަރީ ތަކެއްޗެވެ. މިލިޓަރީ އުޅަނދު ފަހަރު އޮޕަރޭޓްކޮށް ބަލަހައްޓާނީ އެކަމަށް ހާއްސަ ތަމްރީނުތަކެއް ލިބިގެން ތިބޭ މިލިޓަރީ މީހުންނެވެ. މިލިޓަރީ އެއްވެސް އުޅަދެއް އަދި މިލިޓަރީ އާލާތެއް ބަލަހައްޓާ އޮޕަރޭޓް ކުރަނީ ސިވިލިއަނުންނެއް ނޫނެވެ. 

    އިންޑީއާގެ އަޝްކަރީ ވައިގެ އުޅަދު ތަކެއް ކަމަށްވާ ޑޯނިއަރ އާއި ހެލިކޮޕްޓަރ ރާއްޖޭގައި އޮންނަހާ ދުވަހަކު އެތަކެތި ދުއްވާ ބަލަހައްޓަން ތިބޭނީ އަޝްކަރީންނެވެ. އެ ބޭނުމަށް އިންޑިއާގެ އަޝްކަރީ ބަޔަކު ތިބުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ސަރުކާރަކީ ނަށާމާގަނޑަކަށް ނުވެ އެވާހަކަ ސާފުކޮށް ރައްޔިތުންނަށް އޮޅުން ފިލުވާދީ ބަލާށެވެ. 

    ކޮންމެ ކަމެއް ރައްޔިތުންނަށް އޮޅުވަލައިގެން ނޫޅުނެއް ކަމަކު ރީތިކޮށް ކަން އޮތް ގޮތަށް ވާހަކަ ދެއްކިއްޔާ މުއިއްޒު ގައިން ތަންގަނޑެއް އުނިވަނީ ހެއްޔެވެ. ރައީސް ސޯލިހު ވެރިކަމުގައި އެ ސަރުކާރުން އަބަދުވެސް ބުނަމުން އައީ ހަތިޔާރުއެޅި އިންޑިއާ ސިފައިންގެ އެކަކުވެސް ރާއްޖޭގައި ނެތް ކަމަށެވެ. ބޯޑަރ ބެލެހެއްޓުމާއި ރެސްކިއު އޮޕަރޭޝަންތަކާއި އިމަރޖެންސީ އެހީތެރިކަން ދިނުމަށް ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖެގައި ނެތެކޭ އެ ސަރުކާރަކުން ނުބުނެއެވެ. 

    ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖެގައި ތިބުމުން ފައިދާ ބޮޑީ ރާއްޖެއަށެވެ. ރެއާއި ދުވާލު ތައްޔާރީ ހާލަތުގައި ބާއްވައިގެން ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގެ މާލީ ފުދުންތެރި ކަމެއް އަދި ރާއްޖެއަކު ނެތެވެ. އިންޑިއާ އެކަންވާނީ އެތާނގެ ނިސްބަތުގައި ދާދި ކުޑަކުޑަ ކަމަކަށެވެ. ދެ ގައުމުގެ މަސްލަހަތު އޮތް އެކަމުގައި މުޅި އޮޕަރޭޝަން ދިވެހި ސިފައިންނާގުޅިގެން އިންޑިއާއިން ހިންގުމަކީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެންމެ ހަރަދުކުޑަ ފައިދަ ބޮޑުގޮތެވެ. 

    ސިޔާސީ ބޭނުމުގައި ރައީސް ޔާމީނު ދެންމެވި ގުއިރޯނެއްގައި ރައީސް މުއިއްޒު ޖެހިވަޑައިގެން އުޅުއްވަން ހަދައިގެން ދެގައުމުގެ ގުޅުން ގޯސްވީއެވެ. ކުރިން ކުރިމަތިލާން ނުޖެހޭ އެތައް ނުރައްކަލަކާ ރާއްޖެއާއި ދިވެހި ރައްޔިތުން ކުރިމަތިލާން ދަނީ ޖެހެމުންނެވެ.

    ރައީސް ޔާމީނު ޖެއްސެވި އިންޑިއާ އައުޓްގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުއްވާ ދެއްވާ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ގޯސްވިޔަ ނުދެއްވާ މަވެތިކަން ރައީސް މުއިއްޒު ދޫކޮށް ލައްވާކަށް ނުވޭތޯއެވެ. ވެރިކަން ލިބުމުން އިދިކޮޅުގައި އުޅުނުހެން އުޅުން ހުއްޓާލަން ޖެހެއެވެ.

    ބަޔަކު ކިޔާފާނެ އެއްޗަކުން ނެއްޓެން މާބޮޑަށް އަމިއްލަ އީގޯ ބޮޑުވެ ގޮތްދޫ ނުރުމަކީ މޮޅުކަމެއް ގަދަކަމެއް ނޫނެވެ. ގޮތްދޫކޮށް މާފަށް އެދެންޖެހޭ ބައެއްގެ ކައިރިން މާފަށް އެދި ކަން އޮތްގޮތް ތެދުބަހުން ރައްޔިތުންނަށް އޮޅުން ފިލުވާ ދިނުމުން ވާރަނގަޅު މާ ބޮޑުވާނެއެވެ. ރައީސް ޔާމީނު ޖެއްސެވި މަޅީގައި ބެނދެވިގެން ދޮގުމައްޗަށް ދޮގުހަދަމުން ރާއްޖެ ދޮށި އޮތް ބަޅަށް ދަމާހެން ދެމިއަކަސް އެންމެންނަކީ ގަމާރުންނެއް ނޫނެވެ. 

    އަސްކަރީ އުޅަނދު ތަކެއް ކަމަށްވާ ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް ބަހައްޓައިގެން އެތަކެތި އޮޕަރޭޓް ކުރަން ތިބެނީ ސިވިލއަނުންނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާނުލާށެވެ. ރާއްޖޭގައި ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންގެ ޔުނީފޯމް ބާލުވާ މަތިމަސް ބާލުވާފައި ބޭތިއްބިޔަސް ސިފައިންވާނީ ސިފައިންނަށެވެ. ޔުނީފޯމް ބާލުވާ މަތިމަސް ބޭލުވުމަކުން ސިފައިން ބޭލުނު ކަމަކަށް ނުވާނެއެވެ.    

    ]]>
    Sat, 03 Feb 2024 13:08:17 +0500 ނިއުސް ޑެސްކް
    ޣައިރުގާނޫނީ ބަންޑާރަނައިބު އުޝާމް ހިންގާ ސްކޭމެއް! https://heerasnews.com/2231 https://heerasnews.com/2231 މަޖިލީހުގެ ރުހުން ނެތް ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް އިސްކޮށް ބަހައްޓައިގެން ދައުލަތުގެ ނަމުގައި ގާނޫނީ ސައްހަކަން ނެތް އެއްބަސްވުންތައް ހަދާ ދައުލަތް ފުޅިއްސާލަން މުއިއްޒު ކުރާ ކަންކަމުގެ ތެރޭގައި ވިއްކާލި ކަމަށް ބުނާ ކަނޑު ހޯދުމުގެ ނަމުގައި ބޮޑުވެގެންވާ ސްކޭމެއް ހިންގަން ވަނީ ފަށަފައެވެ. ކުރީގެ ފަނޑިޔާރު އަނިލް އިސްކޮށް ބަހައްޓައިގެން ކޮމެޓީއެއް ހަދައިގެންނެވެ. މުއިއްޒަށް ކުޅިގަނޑު ކުޅެދިނުމުގެ ފަހަތުގައި ފޮރުވިގެން ތިބީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުއްލާ ދީދީއާއި އާޒިމާ ޝުކޫރެވެ. 

    މުއިއްޒު ވެރިކަމަށް އަންނަން އުޅުނު އިރު ދެއްކި ބޮޑު އެއް ވާހަކައަކީ ކަނޑު ވިއްކާލި ވާހަކައެވެ. ވިއްކާލި ކަނޑު ހޯދަން ޕެޓިޝަން ހަދާ، ހެދި ޕެޓިޝަނަށް ހެޔޮވަރުގެ އަދަދަކަށް ސޮއި ނުލިބިގެން ޕެޓިޝަން އޮޅާލާ ޖެހިތާކަށް ޖަހާ އެ އެއްޗެއްގެ ކުލަވެސް ފަހަކުން ނުފެނެއެވެ. ދެން ކިޔަންފެށީ ކަނޑުވިއްކާލި ސިޓީއެއްގެ ވާހަކައެވެ. މޮރިޝަސްއަށް ފޮނުވި ސިޓީއަކުން ކަނޑު ވިއްކާލާފައި ވާކަމަށެވެ.

    ރާއްޖެއާއި މޮރިޝަސްއާ ދެގައުމުގެ އެންމެ އިސްވެރިންގެ މެދުގައި ބަދަލު ކުރެވިފައިވާ އެ ސިޓީއެއް ހާމަ ނުކޮށްގެން ހީވީ ބައެއްގެ ފަޔަށް ހިނި އަރައިގެން ތެޅި ފޮޅުނުހެނެވެ. ސިޓީއަކުން ކަނޑު ވިއްކާލިކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ވެގެން އުޅުނު އިރު ހީވީ އެހެން ކަމެއް ވެގެން އުޅުނު ހެންނެވެ. ވެރިކަމަށް އަރާގޮތަށް އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރާނެކަމަށް ބުނެ ވައުދުވިއެވެ. 

    ވެރިކަމަށް އެރިގޮތަށް އަރާ އެއްކަލަ ސިޓީ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އެބުނާ ސިޓީއެއްގައި ކަނޑު ވިއްކުމާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެކަމާ ގަތްލަދުން ހާމަކުރަން ބުނި އެއްކަލަ ސިޓީ ހާމަނުކުރާން މުއިއްޒު ގަދަފައި ވިއްދިއެވެ. ޕްރެޝަރ ބޮޑުވެ އެހެން ގޮތެއް ނެތިގެން އެއްކަލަ ސިޓީ ޖެހުނީ ހާމަކުރާށެވެ. އެ ސިޓީގެ ހަގީގަތް ހާމަވެ ބުޅާ ގޯނިން ބޭރުވެ މުއިއްޒުގެ ކައްޒާބުކަން ރައްޔިތުންނަށް އިތުރަށް ހާމަވިއެވެ.

    ކަނޑުގެ ގާނޫނާއި ބައިނަލްއަގުވާމީ ވައްޓަފާޅި ނުދަންނަ ބައެއްގެ މައްޗަށް އެކުލެވޭ ކުރިން ބުނި ކޮމެޓީން ކުރަން ޖެއްސި މަސައްކަތަކީ އިޓްލޮސްއިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ އިމުގެ ފުށުއެރުން ހައްލުކުރުމުގައި ގޯހެއް ހަދާފާ އޮތްތޯ ބެލުމެވެ. ވިއްކާލިކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ވެގެން ކަނޑު ހޯދަދޭން ވެރިކަމަށް އައި ބަޔަކު އިތުރަށް ހޯދަން އޮންނާނީ ހަދާފައި އޮތް ކޮން ގޯހެއް ހެއްޔެވެ. ގޯހެއް ހަދާފައި އޮތްތޯ ބަލަން ޖެހޭނީ ހެދި ގޯހެއް ފެންނަން ނެތީމައެވެ. ހަގީގަތުގައި ކަމަކީ ގައިރު ގާނޫނީ ބަންޑާރަ ނައިބު ލައްވާ މުއިއްޒު ހިންގުވާ ބޮޑު ސްކޭމެކެވެ.  

    ކަނޑު ވިއްކާލި ކަމަށް ދެއްކި ބުހުތާން ދޮގު ހަލާލު ކުރުމަށާއި ދައުލަތް ދަވާލަން އަތްގުޅި ނުކާވަރުގެ ބޮޑު އަގެއްގައި ބޭރު ބަޔަކު ލައްވާ ކަނޑު ހޯދުމުގެ ނަމުގައި ކުރާކަމަކީ މިލިޔަން މިލިޔަނުން ދައުލަތުގެ ފައިސާ ބައި އަޅައިގެން ކައި ހުސްކުރުމެވެ. އިޓްލޮސްގެ އެއްވެސް ނިންމުމެއް އިސްތުނާފް ނުކުރެވޭނެ ކަން އެނގިތިބެ ދައުލަތުން ފައިސާ އިސްރާފު ކުރަނީ އެހެންވެއެވެ. އިސްތިއުނާފް ކުރެވެން ނެތް ކަމެއްގައި މައްސަލަ ރިވިއުކުރުމުގެ ނަމުގައި ބޭރު ބަޔަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން ޖަހަން އުޅޭ މަރުސަކަރާތުގެ ކޮޅެއް މެދެއް ނޭނގެއެވެ. ކާމިޔާބުވުމުގެ ކުޑަވެސް ފުރުސަތެއް އޮތް ކަމަށް ނުބެލެވޭ ކަމަކަށް އެތައް މިލިޔަން ޑޮލަރެއް ހަރަދު ކުރުމަކީ ދައުލަތް ދަވާލުމުގެ އުކުޅެކެވެ. 

    އެހެން ނޫނަސް ރައްޔިތުންގެ މަޖިލީހުގެ ރުހުންނެއް އުޝާމު ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކީ ގާނޫނީ ސައްހަކަން އޮތް ކަންކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެއް އުޝާމު ބަންޑާރަ ނައިބުގެ ނަމުގައި ކުރާ އެއްވެސް ކަމަކަށް ދައުލަތުން ޒިންމާ ވުމަކީ ހިންގާ ގާނޫނީ ހައިސިއްޔަތު ނެތް ބޮޑުވެގެންވާ ސްކޭމެކެވެ.

    ]]>
    Fri, 02 Feb 2024 12:19:52 +0500 ނިއުސް ޑެސްކް
    ކުރީގެ ޕީޖީއަށް އެޑްވައިޒަރކަން! މިހާރުގެ ޕީޖީއަށް މަރުތެޔޮ! https://heerasnews.com/2233 https://heerasnews.com/2233 ދިވެހިބަހުން މަރުތެޔޮ ކިޔަސް މަރުތޭލަށް މަރުތެޔޮ ކިއުނީ އޭގެ ނަމާ މީހުންގެމަރާ އެއްވެސް ގުޅުމެއް އޮތީމައެއް ނޫނެވެ. އިޓަލީ ބަހާއި ޕޯޗްގީޒު ބަހުން މަރުތޭއްލޯ އަކީ ދިވެހިން މިގެންގުޅޭ މަރުތޭލެވެ.

    ކުރީގެ ޕީޖީ އަލްއުސްތާޒު މުހުތާޒް މުހްސިނަކީ ގާނޫނީ އިލްމުގައި ކުޅަދާނަ ގާބިލް ހެތްވެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު މާގަޔާވެގެން އެދައުރުގައި ޕްރޮސެކިއުޓަރ ޖެނެރަލްކަން މުހުތާޒަށް ދެއްވިއެވެ. ވީގަޔާވުން ފޫއްސަށް ބަދަލުވުމާއެކު ހަމަ އެދައުރުގެ ފަހުބައިގާ އެވެރިކަން ނިމެންދެން މުހުތާޒު އޮންނެވީ ޖަލުގައެވެ.

    ރައީސް  ސޯލިހުގެ ވެރިކަން ފެށި އެފަދަ ހުރިހާ ބޭފުޅުންނާއެކު މުހުތާޒް މިނިވަން ވިޔަސް ރައީސް ޔާމީނާ މުހުތާޒަކީ ފަހުން މިތުރުންނެއް ނޫނެވެ.

    ރަައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތް ތަޅުދަނޑިއަކީ ރައީސް ޔާމީނެވެ. އެހެން ނަމަވެސް ރައިސްކަން ލިބިވަޑައިގަތް ފަހުން މުއިއްޒުގެ އަރިހުން ޖާގަ ތަނަވަސްވާ އެއް ބަޔަކީ ރައީސް ޔާމީނާ ހިތްހަލާލު ނޫން ކަހަލަ ބޭފުުޅުންނެވެ. 

    ރައީސް ޔާމީންގެ ޖަލުހުކުމް އޮތްތާ އޮއްވާ ޒާތެއްގެ ކަމެއް ހިނގައިފިއެވެ. އެއީ ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރކަން ކުރީގެ ޕީޖީ އަލްއުސްތާޒު މުހުތާޒު މުހުސިނަށް ދެއްވުމާ އެކު އެކީ މިހާރުގެ ޕީޖީ އަލްއުސްތާޒު ހުސެން ޝަމީމަށް މަރުތޭލަކުން މަގުމަތިން ހަމަލާ ދިނީއެވެ.

    ކަންހިނގި ގޮތަކީ މިއީއެވެ. އަދި މިކަމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރެއްވީ ޕީޖީ ޝަމީމަށްދިން ހަމަލާއަކީ ސިޔާސީ ކަމެއްގެ ގޮތުގައެވެ.

    ރައީސް ސޯލިޙް އެވިދާޅުވި ވިދާޅުވުމަށް ހަގީގީ ބާރު ލިބިދެނީ އެ މަނިކުފާނު އެހެން ވިދާޅުވުމާ އެކު ސަރުކާރު ހީވީ ކަރަންޓްގައި ޖެހުނު ހެންނެވެ.

    މައްސަލައިގެ ބޮޑުކަމާ ސީރިއަސް ކަމާ ކުރަން އޮތް ތަހުގީގުގެ ޕްރޮފެޝަނަލް ވެލިއު ދޫކޮށް ރައީސް ސޯލިހު ވިދާޅުވި އެއްޗެއް ތަހުގީގު ކުރަން ހޯމް މިނިސްޓަރ ތެޅިގަތީމާ ޕީޖީ ޝަހީމަށް ދިން ހަމަލާގެ ސިޔާސީ ބައި ބަރަހަނާވާ ގޮތް ވެއްޖެއެވެ. 

    ކޮންމެ ގޮތެއްވިޔަސް ޑިމޮކްރެޓިކް ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކާ ނިކަން ޒީލަ ގަދަ ޖޯރު ހުރި އިދިކޮޅު ހަރަކާތް ހިނގަން ޖެހެއެވެ. މިކަމަށްޓަކާ ނެގިމަޑުވެ، ގިއަރު ކަނޑާލައިގެން އޮތް އެމްޑީޕީ ގިއަރަށް އަރާން ޖެހެއެވެ.

    ކޮންމެ ފާޑަކަށް ވެސް ރައީސް ސޯލިހުގެ ތަހުގީގެއް ފަށާ ނުވިތާކަށް އެމަނިކުފާނު ހައްޔަރެއް ކޮށްލުމަކީ އެމްޑީޕީ ބަބުރަށް އަރަން ލިބޭނެ ރަނުގެ ފުރްސަތެކެވެ.

    ]]>
    Thu, 01 Feb 2024 13:21:23 +0500 ނިއުސް ޑެސްކް
    މުއިއްޒު އަޒުލް ކުރާ ވާހަކަ 20 ފަހަރު ލިއުމުން ހީރަސް ނޫހަށް ސައިބަރ ހަމަލާ! https://heerasnews.com/2232 https://heerasnews.com/2232 30 ޖެނުއަރީ 2023ވީ އަންގާރަ ދުވަހަކީ ރައީސް މުއިއްޒު ހުވާކުރެއްވިތާ 2 މަހާ 13 ވަނަ ދުވަހެވެ. އެދުވަހަކީ ރައީސް މުއިއްޒު ގާނޫނީ ހަމަތަކުގެ މަތިން ޢަޒުލް ކުރަން މަސައްކަތް ކުރާ ވާހަކަ މީޑިއާގައި އެމްޑީޕީން ހާމަ ކުރިދުވަހެވެ. މިދުވަހަކީ ހީރަސް ނޫހަށް ބޮޑު ދުވަހެކެވެ. އެއީ ފުރަތަމަ ފަހަރަށް ސައިބަރ ހަމަލާތަކެއްދީ ހީރަސް ނޫހުގެ ވެބް ސައިޓް ޑައުންކޮށްލި ދުވަހެވެ.  

    އަހުރެންނަކީ ހިސާބަކަށް ހީރަސް ނޫސް ކިޔާ މީހަކަށް ވާތީ ހީރަސް ނޫސް އަނުބުރާ އަޕްކުރުމުން މިއީ ކިހިނެއްވީ ކަމެއްތޯ ފުރަތަމަ ނޫސް ހާވާލިއިރު ކަމަކު ދާކަށް ނެތެވެ. ހީރަސް ހެކްކުރުން މާލަސްވެއްޖެއެވެ. 

    ރައީސް މުއިއްޒު ހުވާކުރެއްވި ފަހުން މެދަށް އެއްދުވަސް ދޫކޮށް ފުރަތަމަ ފަހަރަށް ރައީސް މުއިއްޒު ވެރިކަމުން ބާލަންޖެހޭ  ވާހަކަ 19 ނޮވެމްބަރ ގައި ހީރަހުގައި ލިޔެފައި އެބަ އޮތެވެ. ސުރުޚީ އަކީ "އިންޑިއާ ސިފައިން ނުބޭލިގެން، މުއިއްޒު ބާލަން ނުޖައްސާތި!" މިއެވެ.

    އަނެއްކާ އޭގެ ހަތަރު ފަސްދުވަސް ފަހުން ނޮވެމްބަރ 25ގައި ވެސް ހީރަސް ނޫހުގައި އަޒުލްގެ ވާހަކަ ލިޔެފައި އެބައޮތެވެ. އަޒުލްގެ މައުޟޫގައި ހީރަހުގައިވާ ދެވަނަ ސުރުޚީއަކީ "ޢަޒުލް ކުރެވޭ ފުރަތަމަ ރައީސަކަށް މުޢިއްޒު؟" މިއެވެ.

    ނޮވެމްބަރު މަސް ނިމި ޑިސެމްބަރ ފެށުނުތަނާހެން އަޒުލާ ގުޅޭ 3ވަނަ އާޓިކަލް ހީރަހުގައި ލިއުނެވެ. އެއީ ޑިސެމްބަރ 4އެވެ. އޭގައިވާ ސުރުޚީ އަކީ " ހޮވާދިން މީހުން މުއިއްޒު ވައްޓާލަން ފޫގަޅައިފި" މިހެންނެވެ. އަނެއްކާ ޖެހިގެންއައި ޑިސެމްބަރ 5ގައި ވެސް އެމައުޟޫ ރިޕޯރޓް ކޮށްފައިވަނީ " ސަރުކާރު ވައްޓާލަން މަޖިލީހުގައި ގޮވާލައިފި" މި ސުރުޚީގެ ދަށުންނެވެ. ޑިސެމްބަރ 4 އަދި 5 ނިމި 6 ވަނަ ދުވަހުވެސް އަޒުލްގެ މައުޟޫ ހީރަހުން ގެނެސްފައި އެބަވެއެވެ. އެ ސުރުޚީގައި ވަނީ " މުޢިއްޒު ޢަޒުލް ކުރަންޖެހޭވަރުގެ އިޢުތިރާފެއް!" މިހެންނެވެ. ރައީސް މުޢިއްޒު ހުވާ ކުރައްވާ 3 ހަފްތާވީ އިރު 6 ފަހަރެއްގެ މަތިން ހީރަހުގައި ޢަޒުލްގެ ވާހަކަ ގެނެސްދީފައި ވެއެވެ.

    ވެރިކަމަށް މަހެއް ފުރެން ދިޔަ ހަފްތާގައި ޢަޒުލް ކުރުމާގުޅޭ 7 ވަނަ ސުރުޚީ ވަނީ ގެނެސްދީފައެވެ. އޭގައިވަނީ " މުއިއްޒުގެ ވެރިކަން ނިންމުމުގެ ބަރުގޮނުގެ އަޑުއައްސަވާ!" މިހެންނެވެ. އެއީ ޑިސެމްބަރ 11 ވަނަ ދުވަހެވެ.

    ހުވާކުރިތާ 1 މަސް ފުރުމުގެ 2 ދުވަސް ކުރިން ޑިސެމްބަރ 15 ވަނަ ދުވަހުވެސް އަޒުލްގެ 8 ވަނަ ސުރުޚީ ހީރަހުން ގެނެސްފައި އެބައޮތެވެ. އެއީ " އިންޑިއާ ސިފައިން ބޭލުމުގެ ކުރިން ބާލަންޖެހޭނީ މުއިއްޒު " ކަމަށް ލިޔެފައިވާ ލިއުމެކެވެ. އެއީ އަޒުލާ ގުޅޭ 9 ވަނަ ލިއުމެވެ. ވެރިކަމަށް 1 މަސް ފުރުނުއިރު އަޒުލް ކުރުމާ ގުޅޭ ވާހަކަ 10 ވަނަ ފަހަރަށް ހީރަސް ނޫހުން ދައްކާފައި އެބަވެއެވެ. 17 ޑިސެމްބަރގައި ލިޔެފައިވަނީ " މުއިއްޒު ވެރިކަމުން ބޭލުމަށްވުރެ މުހިންމު އެހެން ކަމެއްނެތް" ކަމުގައެވެ.

    މިހިސާބަށް އައިއިރު އަޒުލް ކުރާ ވާހަކަ ވައިގާ ހިފާ އެކި ޕްލެޓްފޯމް ތަކުގައި އެކި ރާގަށް ތަފާތު ގޮތްގޮތުން އެވާހަަކަ ދެކެވޭ އަޑު ގަދަވިއެވެ. މިއަޑުތަކާއެކު ސަރުކާރުގެ ރިއެކްޝަން ހުރީ މާބޮޑަށް ވެސް މިއީ ދީނީ ސަރުކާރެއް ކަމުގައި ރައްޔިތުންނަށް ދެއްކުމަށެވެ. އެހެން ކަމުން ވެރިކަމަށް އެއް މަހާ އެއްދުވަސް ފުރުނު ޑިސެމްބަރ 18 ވަނަ ދުވަހު އަޒުލާ ގުޅޭ 11 ވަނަ ލިއުން ހީރަހުގައި ލިޔެފައި އެބަވެއެވެ. އެދުވަހުގެ ސުރުޚީގައި ބުނެފައިވަނީ " ޢަޒުލްކުރާ ވާހަކަ ތަކާއެކު ސަރުކާރު ދީންވެރިވެއްޖެ "  ކަމަށެވެ. ހަމަ އެ ދުވަހު އަނެއްކާ ވެސް ޢަޒުލްގެ ވާހަކަ ލިޔެފައިވަނީ " އެމްޑީޕީއަށް މުޢިއްޒު ޢަޒުލް ކުރެވޭނެ " ކަމަށް ބުނެއެވެ. އެއީ އަޒުލްގެ ވާހަަކަ ހީރަސް ނޫހުން ދެއްކި 12 ވަނަ ފަހަރެވެ. 

    އޭގެ ދެދުވަހެއް ފަހުން ޑިސެމްބަރ 20 ގައި އަޒުލާ ގުޅޭ ގޮތުން 13 ވަނަ ފަހަރަށް ލިޔެފައިވާ ސުރުޚީއަކީ " އިތުރަށް ބަރަހަނާ ނުވެ ދެންވެސް އަވަހަށް ފައިބާ " މިހެން އޮތް ސުރުޚީ އެކެވެ.

    23 ޑިސެމްބަރޭ ބުނުމުން އެއްބަޔަކު ހަނދާން ވާނީ ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ވައްޓާލި އިއްތިހާދުގެ މަތިންނެވެ. އެއީ 2011 ވަނަ އަހަރެވެ. 23 ޑިސެމްބަރ 2023ގައި ހީރަސް ނޫހުގައި ރައީސް މުއިއްޒު ގާނޫނީ ހަމަތަުގެ މަތިން އަޒުލް ކުރުމާގުޅޭ ގޮތުން 14 ވަނަ ފަހަރަށް ލިޔެފައިވާ ލިއުމުގެ ސުރުޚީގައި ވަނީ " ޖުޑިޝަރީގެ ޙުރުމަތް ކެނޑި މުޢިއްޒު ބާލަންޖެހޭ" މިހެންނެވެ.

    23 ޑިސެމްބަރގެ 3 ދުވަސް ފަހުން 26 ޑިސެމްބަރގައި ލިޔެފައިވަނީ ޢަޒުލް ކުރުމާގުޅޭ 15 ވަނަ ލިއުމެވެ. އޭގެ ސުރުޚީ އަކީ " ޢަޒުލް ކުރިއަސް ނުކުރިއަސް! ކޭޕާކް މަންޑޭއާ މުއިއްޒުގެ ތަފާތެއް ހުރިތޯ މިިކިޔާލާ " މިހެންނެވެ.

    އޭގެ 2 ދުވަސް ފަހުން އަޒުލް ކުރުމާ ގުޅޭ 16 ވަނަ ލިއުމުގެ ސުރުޚީ އޮތީ މާސާފު ސީދާ ބަހުންނެވެ. އެ ލިއުމުގެ ސުރުޚީގައި ވަނީ " މުޢިޢްޒު ޢަޒުލް ކުރަންޖެހޭ ސަބަބުތަށް މިއޮތީ" ކަމަށް ބުނެފައެވެ.

    އަޒުލް ކުރުމާގުޅޭ 17 ވަނަ ލިއުމާ ހަމައަށް އައިއިރު އޭގެ ރާގާ ލަހުޖާ ބަދަލުވެ، ބެރުގައި ފުނަޖެހެން ފަށައިފިހެން ހީވާހާ ވެއެވެ. 2023 ނިމެން ގާތްވެ އާއަހަރަށް ދޮންވަމުން ދިޔައިރު 28 ޑިސެމްބަރުގައި ލިޔެފައިވަނީ ތަފާތު ސުރުޚީ އެކެވެ. އޭގައިވަނީ " ވެރިކަން ނިންމުމުގެ ކައުންޓްޑައުން ފެށުން " މިހެންނެވެ.

    އެބުނާ ކައުންޓްޑައުން ފެށުނަސް ނުފެށުނަސް، އާއަހަރު ފެށި، ހަވާ އަރުވާ ކުލަބޮކިން އަވަދިވެގެން ޖެނުއަރީ 8 ގައި އަނެއްކާ ވެސް ޢަޒުލްގެ ވާހަކަ 18 ވަނަ ފަހަރަށް ހީރަސް ނޫހުގައި ގެނެސްދީފައިވާ ސުރުޚީގައި ވަނީ " މުއިއްޒު ވެރިކަމުގައި ބަހައްޓައިގެން ރައްކާތެރިކަމެއްނެތް" ކަމަށް ބުނަމުންނެވެ. އެއީ ސަރުސާރުގެ އޮފިޝަލުންތަކެއް އިންޑިއާ ސަރުކާރާ މޯދީއަށް ފުރައްސާރަ ކުރުމުން ފެށުނު ބޮއިކޮޓް މޯލްޑިވްސްގެ ހޫނުގަނޑު އެރި ދުވަސްކޮޅެވެ.

    މިހިސާބަށް އައިއިރު އަޒުލްގެ ވާހަކަ މާބޮޑަށްވެސް ވައިގަހިފާ އެހެން މީހުން އެ ވާހަކަ ދައްކާން ފެށުމުން ހީރަސް ނޫހުން އެ ވާހަކަ ދެއްކުން މަދުކޮށްލިކަން ފާހަގަ ވެއެވެ. އަޒުލަށް ބިރުން އެމްޑީޕީގެ 13 މަޖިލިސް މެމްބަރަކު ވެރިކަންކުރާ ޕާޓީއަށް ސޮއިކުރުވީމާ އަޒުލަކީ ފިސާރި ކަމަކަށްވެ، އެވާހަކަ ގެނެސްދިނުން ހީރަސް ނޫހުން ދޫޖައްސާލާފައި ވާކަން ފާހަގަވެއެވެ.  ނަމަވެސް އިންޑިއާ އުޅަނދު ފަހަރު ބޭނުން ނުކުރުމުން އައްޑޫ ކުއްޖަކު ކަނޑުވެ ގެއްލި، ގއ. ވިލިނގިލީ ކުޑަކުއްޖަކު ނިޔާވުމުން 19 ވަނަ ފަހަރު ޢަޒުލްގެ ވާހަކަ ދައްކާފައި ވަނީ 20 ޖެނުއަރީގައި ހޫނު ސުރުޚީއެއްގައެވެ. އޭގައި ވަނީ " ޖައްބާރުވެރިކަމުން ކަޅިވެފައިވާ މުޢިއްޒާ ދެކޮޅަށް ތެދުވަންޖެހޭ" ކަމުގައެވެ.  

    20 ވަނައަށް މުޢިއްޒުގެ ވެރިކަން ވެއްޓޭ ވާހަކަ ހީރަހުގައި ލިޔެފައި ވަނީ ޖެނުއަރީ 29 ވަނަ ދުވަހު ވަޒީރުންގެ އިތުބާރާ ގުޅޭ ވޯޓް މަޖިލިހުގައި ނެގި ދުވަހުއެވެ.  

    އޭގެ 1 ދުވަސް ފަހުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ގާނޫނީ ހަމަތަކުގެ މަތިން މަގާމުން ޢަޒުލް ކުރުމުގެ މަސައްކަތް ފެށިވާހަކަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރަސްމީކޮށް އިޢުލާން ކުރުމާއެކު ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސައިބަރ ޙަމަލާ ތަކެއްދީގެން ހީރަސް ނޫހުގެ ވެބްސައިޓް ފުރަތަމަ ފަހަރަށް ޑައުންކޮށްލިއެވެ. 

    ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ރަޙުމަތްތެރިއަކު އާދައިގެ މަތިން ފޯނުން ގުޅާލެއްވި ފަހަރެއްގައި ހީރަސް ނޫހުގެ ވެބްސައިޓް ހެކްކުރި ވާހަކަ ބުނުމުން ބާރު ހިނިގަނޑެއް ޖައްސަވާ ވިދާޅުވީ، ތިޔަ ނޫހުގެ އިންވެސްޓްމެންޓް ތިޔަ އޮތީ ކަވަރުވެފައި ކަމުގައެވެ.

    ]]>
    Thu, 01 Feb 2024 12:44:49 +0500 ނިއުސް ޑެސްކް
    ޖުޑިޝަރީއާއި މަޖިލީހުގެ ހުރުމަތްކެނޑި މުއިއްޒު އަޒުލުކުރުން ލާޒިމް! https://heerasnews.com/2228 https://heerasnews.com/2228 ޑރ. މުއިއްޒަށް ގާނޫނާއި ބެސްޓް ޕްރެކްޓިސްއަކީ އެއްވެސް އެއްޗެއް ނޫނެވެ. މުއިއްޒު ބޭނުންވާހާ ގޮތަކީ ހަމައެވެ. ލަމައެވެ. ބެސްޓް ޕްރެކްޓިސްއެވެ. މުއިއްޒު ކަންކަން ހާސިލު ކުރުމުގައި ގެންގުޅޭ ހަމައަކީ އަކުރުން އަކުރަށް ގާނޫނުގައި ނެތް ކޮންމެ ކަމަކީ ހުއްދަކަމެއް ކަމުގައި ދުށުމެވެ.

    ބަރަހަނާ ހާލުގައި މަޖީދީމަގު މެދުގައި އަނބިފިރި ކަމުގެ ގުޅުން ނުހިންގޭނެ ކަމަކަށް ގާނޫނަކު ނެތެވެ. އެއްވެސް ގާނޫނަކުން މަނާކަމެއް ނޫނޭ ބުނެ އެކަން އެގޮތަށް ކުރަންވީހެއްޔެވެ. ގާނޫނު ތަކުން ކަންކަން ބަޔާން ކުރެވިފައި ހުންނަނީ އެކަމެއްގެ މުޅި މަފްހޫމް ވަށާޖެހޭ ގޮތަށެވެ. ބަޔަކު ބޭނުން ވީމާ ބޭނުންވާހާ ގޮތަކަށް ކަންކަން ކުރާކަށް ނޫނެވެ. 

    ޝަރުއީ ހުކުމެއްގެ ދަށުން ބަންދުގައި ހުރި މީހަކަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ވުމަކީ ހުއްދަކަމެއް ނޫނެވެ. ބަންދުގައި ހުރި މީހެއްގެ އަޑާއި ވީޑިއޯއާއި ފޮޓޯ ބޭނުން ކޮށްގެން ސިޔާސީ ކެންޕޭން ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތުމުން ތާއީދު ހޯދުމަށް ބަންދުގައި ހުރި މީހެއްގެ ފޮޓޯ ބޭނުން ކޮށްގެން ކެންޕޭން ކުރުން އޮތީ ހަލާލުކޮށްފައެވެ.

    ހުސްގޮނޑިއެއް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓު ނުހޯދޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ. ވަޒީރުންގެ މައްޗަށް ވަޒީރުން އިސްކޮށްގެން ވެރިކަން ނުކުރެވޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ. ޝަރުއީކޯޓަކުން ކުރާ ހުކުމަކީ ހަރާން ހުކުމެއް ކަމަށް ބުނެ އަޑުއުފުލާ ޝަރުއީ ނިޒާމްގެ ހުރުމަތް ކަނޑާގެން ކެންޕޭނު ނުކުރެވޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ. މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން ހަމަ އެ މަގާމަށް އައްޔަނު ނުކުރެވޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ.

    ކިހާ ފައްކާ ހެއްޔެވެ. މުއިއްޒު ވެރިކަމަށް އައީ ޝަރުއީ ހުކުމް ހަރާންކޮށް ހަރާން ހުކުން ވިއްކައިގެން ދައުލަތުގެ އެއްބާރު ކަމުގައިވާ ޖުޑިޝަރީގެ ހުރުމަތް ކަނޑާ ބާރު ކަނޑުވާލައިގެންނެވެ. ވެރިކަމަށް އެރުމަށް ފަހު ދައުލަތުގެ އަނެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލީއެވެ. ރައްޔިތުން އިންތިހާބުކޮށްފައި ތިބި ބަޔަކު ރިޝްވަތުދީގެން އެމީހުން ހޮވި ރައްޔިތުންގެ މޫނުގައި މުއިއްޒު ކޮޅުފައި ޖަހާ މަޖިލިސް ގަނޑުކޮށް ހަރާބުކޮށްލާ މަޖިލީހުގެ އިތުބާރު ކަނޑުވާލީއެވެ. ރައްޔުތުންގެ މަޖިލީހުން ރުހުން ނުދިން ތިން މީހުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށް މަޖިލީހުގެ ހުރުމަތާއި ބާރު ކަނޑުވާލީއެވެ. 

    ޖުޑިޝަރީގެ ހުރުމަތް ކަނޑާ، ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް ޗެލެންޖުކޮށް މަޖިލީހުގެ ބާރު ކަނޑުވާލުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ. ގާނޫނު އަސާސީއާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތަން މާތްކަލާނގެ ގަންދީ ކޮށްގެން ހުރި ހުވަޔާ ޑރ، މުއިއްޒު ހިލާފު ވެއްޖެއެވެ. މުއިއްޒުގެ މައްޗަށް ހުވަޔާ ހިލާފުވުމުގެ ދައުވާކޮށް ރައީސް ކަމުގެ މަގާމުން އަޒުލު ކުރަން މަޖުބޫރެވެ.     

    ]]>
    Thu, 01 Feb 2024 04:00:00 +0500 ނިއުސް ޑެސްކް
    މިހާރު އޮތް ޙާލަތުން އަރައިގަތުމަށް ހުރިހާ އެހީއެއް ފެނަކައަށް ވެދޭނަން https://heerasnews.com/2118 https://heerasnews.com/2118 ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މިހާރު އޮތް ފަންނީ އަދި މާލީ ޙާލަތުން އަރައިގަތުމަށް ވެވެން ހުރި ހުރިހާ އެހީއެއް، އެއްވެސް އަގަކާއި ނުލައި ސްޓެލްކޯއިން ވަމުން ގެންދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

    ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ސްޓެލްކޯ އާއި ފެނަކަ އާއި ދެމެދު ވެވުނު ފަހުމުނާމާގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވިދާޅުވީ، މި ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ކޮށްދޭ ގިނަ ކަންކަން ވެގެންދާނީ އަގުނެގުމަކާއި ނުލައި، ރައްޔިތުންނަށް ދެ ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރުގެ މަތިކުރުމުގެ މަޤުޞަދުގައި ކޮށްދޭ ކަންތައްތަކަށް ކަމަށެވެ.

    "މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް ހިލޭ ކޮށްދެވެން ހުރި ހުރިހާކަމެއް ހިލޭ ކޮށްދޭނަން. މުދާ ގަންނަންޖެހިއްޖެ ނަމަ އޭގެ ކޮސްޓް އަޅުގަނޑުމެން ފެނަކައަށް ޕާސްކުރި ނަމަވެސް ވީހާވެސް ލުއި ގޮތަކަށް އަޅުގަނޑުމެން މި އެއްބަސްވުމުގެ ދަށުން މަސައްކަތްކޮށްދޭނަން." ފަހުމީ ވިދާޅުވިއެވެ.

    ފެނަކަ މިހާރު އޮތް ޙާލަތުން އަރައިގަންނަން ޖެހޭކަން ފާހަގަކުރައްވާ ފަހުމީ އިތުރަށް ވިދާޅުވީ، މި ވެވުނު ފަހުމުނާމާގެ ދަށުން އެކި ދާއިރާތަކުން ފެނަކައިގެ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށް ސްޓެލްކޯއިން އެހީވެދޭނެ ކަމަށެވެ.

    "މީގެ ދަށުން އަޅުގަނޑުމެން ފެނަކައިގެ މުވައްޒަފުންނަށް މެކޭނިކަލް އިންޖިނިއަރިންގގެ ރޮގުންނާ އިލެކްޓްރިކަލް އިންޖިނިއަރިންގގެ ރޮގުން އަޅުގަނޑުމެން ތަމްރީނުދޭނަން، އަޅުގަނޑުމެންގެ ފެސިލިޓީސްތަކުގަޔާ އަދި ފެނަކައިގެ އިންޖީނުގެތަކުގަވެސް." ފަހުމީ ވިދާޅުވިއެވެ.

    ފަހުމީ ވިދާޅުވީ، ފެނަކައިގައި މިހާރުވެސް ޓެކްނިކަލް ކެޕޭސިޓީ ހުރިކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ ކުންފުނިން ޚިދުމަތްދޭ ރަށްތައް ގިނަވުމުން، މިފަދަ ތަމްރީނުތަކެއްގެ ނަތީޖާއެއްގެ ގޮތުން ދެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުޅާވެ، ދެވޭ ޚިދުމަތަށް ރައްޔިތުންގެ ޔަޤީންކަން އިތުރުވެގެންދާނެ ކަމަށެވެ.

    ]]>
    Wed, 31 Jan 2024 20:45:57 +0500 ނިއުސް ޑެސްކް
    ގާސިމަށް ބައިއަޅައިގެން ހަފާކާން މުއިއްޒަށް ފަސްއަހަރު ދެވޭކަށްނެތް https://heerasnews.com/2229 https://heerasnews.com/2229 ގާނޫނީ ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒަލު ކުރެވޭނެ ކަމަށް ލިޔެފައި އޮތީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރިޔާސަތުގައި ގާސިމު އިބްރާހީމް އިނދެގެން ފާސްކުރި ގާނޫނު އަސާސީގައެވެ. އެ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތާއި ޑިމޮކްރަސީގެ ހަމަތަކުން އިންތިހާބުކުރި ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ބަގާވާތަކުން ވައްޓާލީވެސް ގާސިމް އިބްރާހީމް އިސްވެ ހުރެއެވެ. 

    ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރިމީހަކު ގާނޫނީ ހަމަތަކުގެ މަތިން  އަޒަލު ކުރާން އުޅެން ފެށީމާ ގާސިމަށް ތިޔަހުރެ ވާވަރެއް ދޮތައެވެ. ޑރ. މުއިއްޒު ވެރިކަމަށް އަރާހުރީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތާއި ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ކަމަށް ގާސިމަށް މި ދުވަސްކޮޅު އެބަ ފެނެއެވެ. ގާސިމަށް ފެންނަ ގޮތް ބަދަލުވާނީ އަމިއްލަ އަންބޮޑިއަށް ލާންއުޅޭ އެއްޗެއް ނުލެވޭގޮތް ވުމުންނެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނު ވެރިކަމަށް ހޮވުނީމާ ވެސް އެފާޑަށް މާޑިމޮކްރެޓިކް ވެގެން ރައްޔިތުންގެ ނިންމުންވެގެން ގާސިމު އުޅެގަތެވެ. އެކަމަކު ރައީސް ނަޝީދު ވެރިކަމުން ވައްޓާލަން ނިކުތްއިރު ގާސިމު އެ ބުނާ ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތާއި ޑިމޮކްރަސީގެ ހަމަ އޮތީ ދެއަތަށް އެނބުރޭ ބޯނެއް ބުރުމާއެއްގެ ސިފައިގައެވެ. 

    ވެރިކަމުން މީހަކު އަޒުލު ކުރެވޭނީ ވެރިކަމަށް އަރާތާ ކިހާ ދުވަހެއް ވީމާ ކަމަކަށް ގާސިމުމެން ހެދި ގާނޫނު އަސާސީގައި ލިޔެފައެއް ނެތެވެ. ފަސް އަހަރަށް ރައްޔިތުން ރައީސަކު އިންތިހާބު ކުރުމަކީ އެ މީހަކު ހަދާނެ އެއްޗެއް ހަދަން 5 އަހަރަށްދޭ ލައިސަންސެއް ކަމަކަށް ގާނޫނު އަސާސީއަކު ނެތެވެ. މުއިއްޒު ވެރިކަމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަހޭ ކިޔައިގެން މާ ހަމްދަރުދީ ވެގެން ގާސިމެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. 

    މުއިއްޒުގެ ވެރިކަމުގެ ތެރެއިން ގާސިމު ކަޅާކޮށްލަން ބޭނުން ބައިވަރު ގަނޑު ކަޅާކޮށް ނުލެވެނީސް ވެރިކަން ވެއްޓިގެނެއް ކަމަކު ނުދާނެތާއެވެ. މުއިއްޒު ގާނޫނާ ހިލާފަށް ކަމެއްކުރާ ކަމަކަށް އަދިއެއް ގާސިމަކަށް ނުވާނެއެވެ. ގާސިމަކީ އަންނަ ކޮންމެ ވެރިކަމެއް އަންނަތާ ކުރީކޮޅު އެވެރި ކަމަކާ ބައިވެރިވެގެން ދައުލަތް ނޮޅާލަން ވައިޖަހާގެން ދައުލަތް އިރާލައިގެން ކާމީހެއްކަން ނޭނގޭ އެކަކު ނެތެވެ. ގާސިމު ބޭނުންވާ ގޮތަށް ހަމަ އެންމެ ކަމެއްވެސް ނުވާއިރަށް މޮޔަގެރިއެއްހެން ދުއްވައިގަންނަނީ ވެރިކަން ވައްޓާލަންކަން މީހުންނަކަށް ނޯޅެއެވެ. 

    ރައީސް އަޒުލު ކުރުމަކީ ނިމެމުންދާ މަޖިލީހަކުން ނުކުރެވޭނެ ކަމެކޭ އޮތީ ގާނޫނު އަސާސީގެ ކޮންތާކުހެއްޔެވެ. ގާނޫނު އަސާސީގެ ބަފަޔަށް ހެދިގެން މާ ޑިމޮކްރެޓިކް ވެގެން ގާސިމެއް ކަމަކު އުޅެން ނުހަދާށެވެ. ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ގައުމުގެ ހީރަސް ކަނޑުވާލާ، ރައީސް ނަޝީދު ބަގާވާތަކުން ވައްޓާލާ، ރައީސް ޔާމީނު ބޮލަށް ފިތާލަން ރިޝްވަތު ދީގެން ފަނޑިޔާރުގެއަށް ދަނޑި ބާނައިގެން އުޅުނު ހަދާން ނެތުނީ ހެއްޔެވެ. ގާނޫނޭ ޑިމޮކްރަސީއޭ ރައްޔިތުންގެ ނިންމުމޭ ކިޔައިގެން ކޯތަޅުވަން ގާސިމު ތާހިރެއް ނޫނެވެ.

    ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމުގެ ސައިޒް ރައްޔިތުން ވަނީ ގާސިމަށް ދައްކާ ލާފައެވެ. އަދިވެސް ހިފިނުހުރެގެން ދައުލަތް އިރާކާން މުއިއްޒުވެގެން އުޅެން ގާސިމަށް ފުރުސަތު ދެވޭކަށް ނެތެވެ. ގާސިމަށް ބައިއަޅައިގެން ދައުލަތް ހަފާކާން ފަސް އަހަރު ދުވަސް މުއިއްޒަށް ދެވޭކަށް ނެތެވެ.

    ]]>
    Wed, 31 Jan 2024 14:09:15 +0500 ނިއުސް ޑެސްކް
    4 ވަޒީރުންނާހެދި އިތުބާރުނެތިގެން ވެއްޓޭ ރައީސަކަށް ހޮޅި މުއިއްޒު https://heerasnews.com/2226 https://heerasnews.com/2226 ވަޒީރުންގެ މަޖިލީހަކީ ރައީސް އެކަންޏަށް ފެންނަ ގޮތަކަށް އެކުލަވާލެވެން އޮންނަ މަޖިލީހެއްނޫނެވެ. ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދައިން ރައީސަށް ލިބިދޭ ބާރަކުން ނޫނެވެ. ވަޒީރުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭ މަޖިލީހެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި އެންމެ ހިދުކޮޅަކަށްވެސް ވަޒީރުންގެ މަޖިލީހުގައި މީހަކަށް ނުހުރެވޭނެއެވެ. ގާނޫނު އަސާސީ ލާޒިމު ކުރާ ގޮތަކީ އެއީއެވެ. 

    ވަޒީރުންގެ މަޖިލީހަކީ މުތުލަގަށް ރައީސަށް ފެންނަހާ ބަޔަކު ލައިގެން އެކުލަވާލެވިފައި އޮންނަތަނަކަށް ނުވާގޮތަށް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮންނަނީ ސަމާސާއަކަށް ނޫނެވެ. ރައީސަކަށް އަންނަ މީހެއްގެ ގޮތުން މުޅި ސަރުކާރުގެ ހަމަ ލަމަ ގެއްލި ދައުލަތް ބޮލަފޮށާ އެޅުމުން ސަލާމަތް ކުރުމަށްޓަކައެވެ. ރައީސްގެ ކުޅޭކުޅޭ ބުދުތަކަކަށް ވަޒީރުންވެ އެޅިހާ ބަތަކަށް ރިހަވެގެން ދައުލަތް އޮޔާ ދުއްވަލިޔަ ނުދިނުމަށްޓަކައެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ހޮދުމުހުތާރު ގޮށްމުށުގެ ވެރިކަމެއް ހިންގިޔަ ނުދިނުމަށްޓަކައެވެ. 

    ރާއްޖޭގެ މިހާރުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކޮލިޓީގެ މީހެއްނޫނެވެ. ހުސްގޮނޑިއަކާއި އެހެން މީހެއްގެ ފޮޓޯއެއް ދައްކައިގެން މަކަރާ ހީލަތުން ވެރިކަން ހޯދައިގެން ހުރި މީހެކެވެ. އޭނާ ވެރިކަން ދިފާއުކުރުމަށްޓަކާ ފާޅުގައި ދިވެހި ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓާލަމުން އެދަނީ އެޔެއް މިޔެއް ނުބަލައެވެ. ރިޝްވަތު ދިނުމުގައި މޫނެއް ކަނދުރާއެއް ރެޔެއް ދުވާލެއް ނުބަލައެވެ. 

    ރާއްޖޭގެ ތާރީހުގައި ރައްޔިތުންގެ މަޖިލީހުން އެއްފަހަރާ އެންމެ ގިނަ މެންބަރުން ރިޝްވަތު ދީގެން ގަނެލުމުގެ ރެކޯޑް އޭނާ ހަދައިފިއެވެ. އުޑެއް ބުޑެއް ނޭނގޭ އެތައް ބަޔަކު ވަޒިރުނަށް ހަދައިގެން ދައުލަތުގެ ފައިސާ އިސްރާފް ކުރަނީއެވެ. ހައްދެއް ނެތްވަރަށް ސިޔާސީ މަގާމު އުފައްދައިގެން މުސާރަދީގެން އަޅުންގެ އަޅުން އުފެއްދުމުގައި އެއްރަށެއް އެއްއާއިލާއެއް ނުބަލައެވެ. އެހިނދަކަށް ހާސިލު ކުރަން ބޭނުން ކަމެއް ކުރުމުގައި ބިރެއް ކަމެއް ނުގަނެއެވެ. 

    ގޭންގްތަކާއި ހަރުކަށި ހައްދުފަހަނަ އެޅުން ބާރުވެރި ކުރުވާ ދީނާއި ގައުމިއްޔަތަކީ ވެރިކަން ދަމަހައްޓަން ގެންގުޅޭ ހަތިޔާރަށް ހަދައިފިއެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި ބަވަނަވެތި ދުނިޔޭގެ އޮއިވަރުގައި ކޮޅުނަގައިގެން ގައުމު ނުރައްކަލަށް ވައްޓާލައިފިއެވެ. ވެރިކަމަށް ގެނެސްދިން މައިޕާޓީގެ ބާރު ކަނޑުވާލާ ޕީޕީއެމް އަޅުވެތިކޮށްފިއެވެ. 

    ހަޑިމުޑުދާރުކަމާއި ގޮތްކުޑަކަން ހައްދު ފަހަނައަޅާ އެންމެ ފަހުން ދައުލަތުގެ ތިން ބާރުން އެއްބާރުގެ ވާގިނައްތާލަން ދިމާކުރީއެވެ. ވަޒީރުންގެ މަޖީލީހުގެ އެންމެންނަށް ރުހުން މަޖިލީހުން ނުދޭނެ ކަމަށް ބުނުމުންނެވެ. އެންމެ ހަތަރު ވަޒީރުންނަށް ރުހުން ނުލިބިގެން ސަރުކާރު ހުއްޓޭވަރު އާރެއް ބާރެއް ނެތް ސަރުކާރަކަށް ވީމާ އަނިޔާވެރިކަން އިސްކޮށްގެން ނޫނީ ކެތެއް ނުވާނެއެވެ. ދުންމާރި ފުމެން ކުދިންކޮޅެއް ގަނެގެން މަޖިލީހުގެ އެތެރޭގައާއި ބޭރުގައި ދުންމާރި ފުމުނަކަސް މޭކަރައިގެން އިދިކޮޅުން މުއިއްޒު ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެއެވެ. އެންމެ ފަހުން އިތުބާރުނެތް ރައީސެއްގެ ގޮތުގައި ވެރިކަމުން ވެއްޓޭ ރައީސަކަށް ހޮޅި މުއިއްޒު ވެގެން ދަނީއެވެ.    

    ]]>
    Mon, 29 Jan 2024 13:27:59 +0500 ނިއުސް ޑެސްކް
    އަގަށް ދުންމާރި ފުމެދޭ ކަސްބީން މުއިއްޒަށް މަޖިލިސް ނޮޅާލަދިނުން! https://heerasnews.com/2225 https://heerasnews.com/2225 މަޖިލީހުގައި އަދި އެއުޅެނީ ޕާޓީގެ ވިއްސަކަށް މެންބަރުން ހަމަ ނުވެގެނެވެ. އެތެރޭންނާއި ބޭރުން މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅަން މުއިއްޒު ފެށީއެވެ. ސިޔާސީ މަގާމް ދީފައި ތިބި ސަތޭކައެއްހާ މީހުން ގްރީން ޒޯނަށް ނެރެގެން މަގުމަތީގައި މުޒާހަރާ ކުރަންފެށީއެވެ. ރައްޔިތުންގެ މަޖިލީހުގެ ފާރު މައްޗަށް އަރާ މަޖިލީހުގެ ގޯތިތެރެއަށް އޮށްގާވެސް އުކީއެވެ. 

    އެންމެ ހަތަރު ވަޒީރަކަށް ރުހުން ނުދޭނެ ކަމަށް އިދިކޮޅުން ބުނުމުން މުޅި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވީއެވެ. ކަމަކަށް ވާކަހަލަ ކަމެން ޖެހިއްޖެއްޔާ ކިހާވަރަކުން ދާނެބާވައެވެ. މިކަހަލަ ސިޔާސީ ހަސްނެތް ގަމާރަކަށް މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލު ލިބިއްޖެނަމަ ގައުމު ހަފާ ކާނެއެވެ.

    އަގަށް ދުންމާރި ފުމެން ބޭންޕާޓީއެއް ހޯދައިގެން މަޖިލީހުގައި ދުންމާރި ފުމެން ފެށީއެވެ. ހަށި ވިއްކާ މެންބަރުން ކޮޅު ނެރެގެން މުއިއްޒުގެ ގުރުބާން ކަންބަޅި ތަކަކަށް ހަދައިގެން މަޖިލިސް ހުއްޓުވަން ގައިވީދަން ފެށީއެވެ.

    ސަރުކާރު ހުއްޓުވާ ކަމުގެ ބަހަނާގައި ރައްޔިތުންގެ މަޖިލިސްގެ ވާޖިބަށް މުއިއްޒު ހުރަސް ގާނޫނީ އަސާސީގެ ބާރު ކަނޑުވާލުމެވެ. އެހެނީ ވަޒީރުން ޢައްޔަނު ކުރުމުގެ މަސްއޫލިއްޔަތަކީ ހަމައެކަނި، ރައީސުލް ޖުމްހޫރިއްޔާއަށް ދޫކޮށްލެވިފައި އޮތް ދުސްތޫރީބާރެއް ނޫނެވެ.

    ރައްޔިތުން މަޖިލިހުގެ ރުހުން ހޯދާން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެ ފާސްކޮށްފައި އެ އޮތީ ކަމެއް ވެގެންނެވެ. ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ކެމްޕޭނަށް ފައިސާދޭ މާފިއާ ޑޮނުންނާއި ބޭނުންހާ ވަގުންނާއި ގުންޑާއިން ޕަބްލިކް އޮފީސް ތަކަށް ނުވައްދަން ވެގެންނެވެ. އަނިޔާވެރިނާއި ޕާޓޭގޭންގު ތަކުގެ އަތްމައްޗަށް ދައުލަތް ހިންގުމުގެ ބާރުތައް ދޫކޮށް ނުލާން ވެގެންނެވެ.

    ރާއްޖޭގެ ރައީސްކަމަށް މިފަހަރު އެރުވިފައި ހުރީ ގޭންގް ސްޓާރެކޭ ނުބުނާ ވަރެއް ނޫނެވެ. ވަޒީރުންގެ ތެރެއިން ބަޔަކަށް ރުހުން ނުދޭނެކަމަށް އިދިކޮޅުން ބުނުމުން މަރުގެ އިންޒާރު ދިނުމާއި މަގުމަތިން މެންބަރުންނަށް ހަމަލާ ދިނުމަކީ ގޭންގްތަކުން ކޮންޓްރޯލުކުރާ ސަރުކާރެއް ކަންކަށަވަރުވެގެން ދިޔަކަމެކެވެ.

    މަޖިލީހުގައި މެންބަރުން ދޭވޯޓު ވަކިގޮތަކަށް ދިނުމަށް މަޖުބޫރު ކުރުވަން މުއިއްޒު ސިޔާސީ މަގާމުދީފައި ތިބި ގިނަބަޔަކު ނެރުވައިގެން މުއިއްޒު ޓެރެރިޒަމް ހިންގުވުމަކީ މުއިއްޒާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މަޖުބޫރު ކަމެކެވެ. 

    ރައީސް ޔާމީނު ވެސް މެންބަރުން ފާރުމަތިން އުކާލާ ކޯޓުން ޓިނުނަގައިގެން ފަނޑިޔާރުން ބޭރުކޮށްލީ ވެރިކަމުގެ ފަހު އަހަރެވެ. މުއިއްޒަށް ދެމަސްވީއިރު ގާނޫނީގޮތުން ހުއްދަ އިދިކޮޅު ހަރަކާތަށް ކެތެއް  ނުވިއެވެ. ވަޒީރުންގެ ތެރެއިން ބަޔަކަށް ރުހުން ނުދޭނެކަން އެނގުނީމާ މަޖިލީސް ހުއްޓުވަން މުއިއްޒު ހިޔާރުކުރީ ނުބައި ނުލަފާކަން ދެއްކުމެވެ. މުއިއްޒުގެ ނުބައި ނުލަފާކަން ދެއްކުމަށް ބޭނުންކުރަނީ ހަށިވިއްކި ގުރުބާން ކަންބަޅިތަކާއި ސިޔާސީ މަގާމު ދީގެން އުޅޭ އަޅުންގެ އަޅުންނެވެ. 

    މަޖިލީހުން ރުހުން ދޭނެ މީހަކާއި ދޭން ނުޖެހޭ މީހުން ވެސް އެގެން ޖެހެނީ މުއިއްޒަށެވެ. މުއިއްޒު ކުރާހާކަމަކަށާއި ފޮނުވާހާ މީހަކަށް ރުހުން ދޭނީ މުއިއްޒު ގަނެގެން ގެންގޮސްފައިތިބި އަޅުކުދިންކޮޅެވެ. އިންތިހާބުވާން ފުރުސަތު ދިން ޕާޓީއާއި ވޯޓުދިން މީހުންގެ މޫނުގައި ކޮޅުފައިން ޖަހާފައި ދިޔަ ބަތާ ހަރާމީންގެ ކުރިމަތީައި މަޖިލީހުގެ މެޖޯރިޓީ ކުޑަކަކޫ ޖަހާކަށް ނުޖެހެއެވެ.  

    ]]>
    Mon, 29 Jan 2024 12:00:46 +0500 ނިއުސް ޑެސްކް
    ގައުމަށް ވާއެއްޗެއް ވާނީ ގާސިމުގެ ނުބައިކަމާ އަމިއްލަ އެދުން ބޮޑުކަމުން https://heerasnews.com/2224 https://heerasnews.com/2224 ރާއްޖެ އަނދަވަޅަކަށް ވެއްޓި ރައްޔިތުން ގެއްލުމާއި ހަލާކުގެ ތެރެޔަށް ހުށަހެޅިގެން ދަނީ ބުރުމާ ގާސިމުގެ ނުބައިކަމާ އަމިއްލަ އެދުން ބޮޑުކަމުންނެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ސަބަބަކުން ނޫނެވެ. ބުރުމާ ގާސިމު އަނގަ ފުރާފައި އެއްޗެއް ބުނާއިރަށް އެއީ ތެދަކަށް ނުވާނެއެވެ. ކަންކަން ހިނގަނީ ކިހިނެއްކަން އެންމެނަށް ވެސް އެނގެއެވެ. 

    ދައުރުން ބޭރުން މިއަދު މަޖިލިސްގެ ޖަލްސާއެއް ބޭއްވީ ވަޒީރުންނަށް ރުހުން ނުދިނުމުގެ މައްސަލައަށް ގޮތެއް ނިންމުމަށެވެ. ރުހުންދޭނެ ވަޒީރުނާއި ނުދޭނެ ވަޒީރުން އެނގޭނީ މަޖިލިސް މެންބަރުންނަށެވެ. ގިނަ މެންބަރުންނަށް ރުހުން ދޭން ފެންނަ ވަޒީރަކަށް ރުހުން ލިބޭނެއެވެ. މެޖޯރިޓީ ރުހުންނެތް ވަޒީރަކަށް ރުހުމެއް ނުލިބޭނެއެވެ. މަޖިލީހުގައި އެހެން ކަންކަންވެސް ނިންމަނީ އެގޮތަށެވެ. އެއީ ޑިމޮކްރަސީގެ މައިގަޑު ހަމައެވެ. 

    މަޖިލީހަކީ ސަރުކާރުން ހުށަހަޅާހާ ކަމެއް ނުވަތަ ހުށަހަޅާ ނަމެއް އެގޮތަށް ފާސްކޮށްދޭން އޮންނަ ސަރުކާރުގެ ރަބަރުތައްގަޑެއް ނޫނެވެ. ސަރުކާރުން ފޮނުވާހާ ވަޒީރަކަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ގާސިމަށް މިއަދުވީ އަންނަ މަޖިލީސް އިންތިހާބުގައި މާމިގިލީ ދާއިރާގެ ގޮނޑިއަށް ޕީއެންސީން މީހަކު ނުނެރޭން ނިންމާ ގާސިމަށް ޓިކެޓް ވެދުން ކުރީމާކަން އޮޅެގެން އުޅޭ މީހަކު ނޫޅެއެވެ.

    ރައީސްގެ ކެބިނެޓަށް ރުހުން ނުދިނުމަކީ ދިވެހި ގައުމަށް އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫންކަމަށް ބުނާއިރު ދިވެހި ގައުމަށް ރަނގަޅުގޮތް ގާސިމަށް ނޭނގޭނެކަން މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ ބުނެދީފައެވެ. ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާއެއް އަބަދުވެސް ދެނީ ގާސިމުކަމަށް ރައްޔިތުން އޮތީ ބުނެފައެވެ. ރައްޔިތުންނޭ ކިޔައިގެން ގާސިމު މިހާރު އަނގަ ހުޅުވާނީ ވަރަށް ލަދެއް ހަޔާތެއް ނެތީމައެވެ.  ކުރިން އަމަލުކުރި ގޮތާއި ހިލާފަށް މަޖިލީހުން ކަމެއް ކުރުމާ ނުކުރުން ކަނޑައަޅަނީ މަޖިލީހުގެ މެޖޯރިޓީންނެވެ. ގާސިމެއް ނޫނެވެ. މެންބަރަކަށް ވީތީ ގާސިމަށް ފެންނަ ގޮތަކަށް ގާސިމު އަމަލު ކުރުމަކަށް ހުރަހެއް ނެތެވެ. 

    މިއަދު ގައުމު އޮތް ހާލަތަށް ރިޔާއަތްކުރާ ވާހަކަ ގާސިމު ނުދައްކާށެވެ. ރައީސް ސޯލިހު ވެރިކަމުގެ ގޮއްރާޅަކީވެސް ގާސިމެވެ. ކޮވިޑްގެ ހިތްދަތި ހާލަތުގައި ގެންގުޅުނު މުއައްޒަފުންތައް ކަނޑާފާ ފޮނުވާލީ ގެއަށެވެ. ތިބި މަދު މުއައްޒަފުންނަށް ދިނީ އެންމެ ރުފިޔާ ހާހެކެވެ. ހަތަރެސް ފަޔަށް އަންގިލައްވައިގެން ބޮނދާ އޮތީ ސަންއައިލެންޑްގައެވެ. މަޖިލީހުގެ އެންމެ ޖަލްސާއަކަށް ހާޒިރެއް ނުވެއެވެ.

    ކޮވިޑް ފެސިލިޓީ ހަދައިގެން ބަންދުކުރި ރިސޯތުތައް ދައްކައިގެން ކޮވިޑް ތެރޭގައި ދައުލަތުން ދެމީ ފައިސާއެވެ. ކޮވިޑް ރެކަވަރީ ގޮތުގައި ގައުމަށް ލިބުނުހާ ފައިސާގެ ބޮޑުބައި މަކަރާ ހީލަތުން ދިރުވާލީ ފެން ފޮދަކާވެސް ނުލައެވެ. ކޮންމެ ސަރުކާރެއް އަންނައިރަށް ހީލަތް ތެރި ގޮތްގޮތަށް އެގްރީމަންޓްތައް ހަދައިގެން އެއަރޕޯޓްތަކާއި ފަޅުތަކާ ރަށްތައް ނަގައިގެން އެއްވެސް ކަމެއް ނުކޮށް ބާއްވާ ސަރުކާރު ބަދަލުވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތް ދަވާލުމަކީ ބުރުމާގެ ތޮބީއަތެވެ. 

    ރާއްޖޭގެ ޕޮލިޓިކަލް މަސްރަހު ބަދަލުވެގެން ދާތަނާއި ދާގޮތް މިކަލޭގެ އަކަށް ނުފެނެއެވެ. ރާއްޖެއަށް އެއްވެސް މީހަކު އެހީތެރި ނުވާނީ ކާކު ކިހިނެތް ކަންތައް ކުރާތީކަންވެސް ނުފެންނަ ވަރަށް ކަނުވީމާ މީހުންގެ ތެރެއަށް ނިކުމެ އުޅޭކަށް ރަނގަޅެއް ނުވާނެއެވެ. ގައުމު ނިކަމެތިވެ އަނދަވަޅަކަށް ވެއްޓިގެންދާނީ ގާސިމުގެ ސަބަބުންނެވެ. އެހެން ބައެއްގެ ސަބަބަކުން ނޫނެވެ. މިވަރުގެ ގޮތްފޮތް ނެތް މީހަކު ރައްޔިތުންގެ ހެވާ ލާބައޭ ކިޔައިގެން އެބަ އަނގަ ދިޔާކުރެއެވެ. ޖީޓީ ދިޔަ މަގުން ނުގޮސް ސަލާމަތް ވިއްޔާ ރަނގަޅެވެ.

    ]]>
    Sun, 28 Jan 2024 16:54:55 +0500 ނިއުސް ޑެސްކް
    ވެރިކަމުގާތިބެ އަތަށް ބޯޑުދީފާ މަގުމައްޗަށް ވަޒީރުން ނެރުން https://heerasnews.com/2223 https://heerasnews.com/2223 މަޖިލީހު މާލަމުގެ ދޮރުތައް ތަޅުވެސް ލެވިދާނެއެވެ. މަޖިލީހުގެ ރިޔާސަތަށް މަކުނެއްހެން އަރާވެސް އިނދެވިދާނެއެވެ. އެކަމަކު ހަށިވިއްކި މެންބަރުންނަކީ އިތުބާރު ގެއްލިފައިވާ އަގެއްނެތް ފީކުދާނު ތަކެކޭ ތަފާތެއް ނެތް ކަމަށް ގިނަބަޔަކު ދެކެއެވެ.

    ދެފައި ވަށްކޮށްގެން ރިޔާސަތު ގޮނޑިއަށް މަކުނެއްހެން ކަނޑިތީމު ޝަހީމު އަރާ އިނަކަސް އެމްޑީޕީން ޑަރުވެސް ހީނުވާނެއެވެ. ރައީސް މުއިއްޒަށް މާވަފާތެރި މީހަކަށް ހެދެން ވެގެން ޗަރުކޭސް ކުޅުނަކަސް ގޮނޑި ވިއްކި މެންބަރުންނަކީ ތުންފުހި ތަކެއް ނޫން ކަމަކަށް މުއިއްޒެއް ވެސް ނުދެކޭނެއެވެ.

    ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބަންދުކޮށްފައި އެ ބައިގަނޑު ގަނެލައިގެން ގެންދިޔައީ ހިނދުކޮޅެއްގެ ބޭނުމަށެވެ. މިއަދު އެ ތިބީ ފުޅަނތްގަށް ވެފައެވެ. އަޑިން ދިޔަސް މަތިން ދިޔަސް ސަލާމަތެއް ނެތެވެ.

    ގޮނޑި ވިއްކާލި މެންބަރުން ކިތަންމެ ފޮނެއް މަޖިލީހުގެ ތަޅުމުގައި އެރުވިޔަސް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ ރުހުން ނެތް ވަޒީރަކަށް ވަޒީރު ކަމަކު ނުހުރެވޭނެއެވެ. ވަޒީރުންނަށް ރުހުން ހޯދަން ބޭނުމިއްޔާ ޖެހޭނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ރުއްސާށެވެ. ވައްވަށް ޖަަހައިގެން ވަގުތު ނަގާލައިގެން ވާނެ މޮޅެއް ނުއޮންނާނެއެވެ.

    މުއިއްޒު އަޒަލު ކުރާނެ ކަމުގެ ބިރު ދައްކައިގެން ގޮނޑި ވިއްކާލިޔަސް އެމްޑީޕީއެއް ނުސިހޭނެއެވެ. އެމްޑީޕީއަކީ ގަދަފަދަ މައުމޫނިޒަމްގެ ތެރޭއިން ނިކުމެ މައުމޫނިޒަމް ފުޑާލި ފަހުރުވެރި ޕާޓީއެވެ. އަސްލު އެމްޑީޕީއަކީ ރުފިޔާ ފައިސާގެ އަވާގައި ޖެހިގެން އަންނަ ވައި ކުޅަނދުރުތައް ހަތާ ދޫކޮށް ދިޔަސް ލުހިގެން ބިމަށް ޖެހޭނެ ޕާޓީއެއް ނޫނެވެ. 

    އިބްރާއާއި މުނައްވަރާއި ވަހީދާއި އަންނި ނެތުމުންވެސް އެމްޑީޕީ އޮތީ ގަދަކޮށެވެ. އަރައަރާފައި އޮއްސޭނީ އެ ބައިބައި ގަނޑެވެ. ހަގީގަތުގައިވެސް އެމްޑީޕީ އޮޑިއެއް ނުފެތޭނެއެވެ. ފައްތައެއްވެސް ނުލެވޭނެއެވެ. އެމްޑީޕއަކީ ވެއްޓޭ ކުރިއަކަށް ދެކުރި ފަޅާ ހެދި ބޮޑުވަމުންދާ ރާއްޖޭގެ ޑިމޮކްރަސީ ގަހެވެ. މުއިއްޒު އެއުޅޭ ފާޑަށް ކުރިންވސް ބަޔަކު އެމްޑީޕީ ޖަނާޒާ އަރުވަން އުޅުނެވެ. ޖަނާޒާ ވެގެން ދިޔައީ އެމީހުންނެވެ. 

    އެމްޑީޕީ ނޫން ގޮތެއް ހޯދަން ނިކުތް މީހުނަށް ދެމަސް ދުވަސްނުވެ މުއިއްޒު ނޫން ގޮތެއް ޖެހިއްޖެއެވެ. ރަން އިލޮށިން ކަދުރު ކާން އުޅެގަތީމާ ރާކަނިމަސް ކެވިގެން ވެރިކަމުގައި ތިބެ ބާރުކެނޑިގެން ތިޖެހެނީ މަކުނު ހެދިގެން ރިޔާސަތަށް އަރާ އަތަށް ބޯޑުދީފައި މަގުމައްޗަށް ވަޒީރުން ނެރޭށެވެ. 

    ]]>
    Sun, 28 Jan 2024 15:47:03 +0500 ނިއުސް ޑެސްކް
    އަމިއްލަ ގަޔަށް ވަޅިޖެހީ ޑިމޮކްރެޓްސްއެއް ނޫން ބުރުމާ ގާސިމް https://heerasnews.com/2222 https://heerasnews.com/2222 ބޮޑު ގޮހޮޑާ ހެދިގެން ކޮންމެ ސަރުކާރަކަށް ފާވެގެން ދައުލަތް ދަވާލުމުގައި ހިތެއް ނުފުރެއެވެ. ކޮންމެ ވެރިއަކުވެސް ވެރިކަމަށް އެރުމާއެކު ޅޮސް އުދޯއްޔަށް ލައިގެން ހިންޏަށް ހަކުރު އޮޅުވާލައެވެ. ގައުމާ ރައްޔިތުންނަށް މާ ހެވެއް އެދިގެން އުޅޭ އެހެން މީހަކު ނެތް ކަމަށް ދެއްކިގެން ހުރިހާ ސަރުކާރެއް ފުޅިއްސާލައެވެ. ވެރިމީހާގެ އުގަށް ވެއްޓި ގަނެގެން ނެގުނުހާ ނާޖާއިޒު މަންފާއެއް ދައުލަތުގެ ތެރެއިން ދަމައިގަނެއެވެ. އެންމެ ފަހުން ގޮހޮރުގަނޑު ދަމައިގަނެ ދުވަސް ދުއްވާލާފާ ވެރިކަން ވައްޓާލަން ނިކުމެއެވެ. ދިވެހިން ދަންނަ ބުރުމާ ގާސިމުގެ ހަގީގި ސިފައަކީ މިއެވެ.

    ރައީސް މައުމޫނުގެ މުއްޕަތުން ނެތްމޮޅު ހޯދައިގެން މަހުޖަނަކަށްވެ ހިފީ މައުމޫނު ކަރުގައެވެ. ކަޅުއޮށު ބަނޑު ދަށުގައި ހުރެ ބޮޑުވާ ކޮރައްޔެކޭ ބުރުމާ ގާސިމެކޭ ތަފާތެއް ނެތެވެ. މައުމޫނުގެ ބާރުން ބާރާއި މުއްސަދިކަން ހޯދައިގެން މައުމޫނުގެ ދުވަސް ދުއްވާލީއެވެ. މައުމޫނުގެ 30 އަހަރުގެ ވެރިކަން ވައްޓާލަން ހިންގި ހުރިހާ ހަރަކާތެއް ހިންގުމުގެ ފަހަތުގައި ހުރީ ގާސިމު ނޫން ދެވަނަ މީހެއް ނޫނެވެ.

    އެމްޑީޕީގެ ފުރަތަމަ ސަރުކާރު ގެންނަން ކުރިހާ ކަންކަމާ އެސަރުކާރު މަގުމަތިން ވައްޓާލީ ގޮތް ދިގު ކުރާކަށް ކިޔާނެ ކަމެއް ނެތްތާއެވެ. ވަހީދުގެ ބަގަވީ ސަރުކާރުގެ ތެރެއިން ނެގިހާ މަންފާގެ ވާހަކަވެސް ދައްކާކަށް ނެތީމެވެ. 

    ރައީސް ޔާމީނު ވެރިކަމަށް ގެންނަން މަސައްކަތްކޮށް އެސަރުކާރުގެ ތެރެއިން ނެތްމޮޅު ހޯދަން އުޅުމުން ޔާމީނު ދިންކެހި ހިތައް އެރިޔަސް އަންނަނީ ހިންޏެވެ. ކޯޓުތަކަށް ދަނޑިބާނައިގެން ނެރުވި ފެބުރުއަރީ 1ގެ އަމުރުގެ މަޅީގައިޖެހި ބޮލުރޮދި ކެނޑިގެން ވީގޮތް އެންމެނަށްމެ ފެނުނެވެ. 

    ދެވަނަ ފަހަރަށް އެމްޑީޕީ ވެރިކަމަށް އައުމަށް އުފެދުނު ބޮޑުކޯލިޝަނަށް ސަވާރުވެގެން އެމްޑީޕީގެ ލީޑަރޝިޕްގައި ރެދުލައްވާ ސަރުކާރުގެ މައްއޗަށް ވެރިވެ ގަނެ މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއް ހިސޯރުކޮށްގެން ހުރީ ގާސިމެވެ. ކޯލިޝަން ބޭނުން ކޮށްގެން އަމިއްލަ އަނބިމީހާ ވަޒީރުކަމުގައި ހުރި އެ ސަރުކާރު ފޭލިކޮށްލަން ގާސިމު ނުކުރަނީ ކީއްހެއްޔެވެ. 

    ރިޔާސީ އިންތިހާބުގައި ޗޮކުން ގޮސް ހައެއްކަ ހާސް ވޯޓު ނުހޯދި ބަލި ބުޅާ ގަނޑަކަށްވެ ހަސް ނެތުނީމާ މުއިއްޒު އުނގަށް ފުއްމާލައިގެން އަނެއްކާ ދިމާކުރީ ދައުލަތް ދަވާލުމަށްކަން އޮޅިގެން އުޅެނީ ކާކަށް ހެއްޔެވެ. 

    ރައްޔިތުންގެ ބޮޑު މެޖޯރިޓިއަކުން ހޮވާފައިވާ ސަރުކާރެކޭ ވަޒީރުންނޭ ރުހުމޭ ކިޔަން ގާސިމަކީ ކާކު ހެއްޔެވެ. ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ ސުޕަމެޖޯރިޓީ އޮވެމެ, ވެރިންނަށް ރައްޔިތުންގެ އިތުބާރު ގެއްލުމުނޭ އެމްޑިޕީއާ ދިމާލަށް ކިޔަން އެންމެ ތާހިރީ ގާސިމެވެ.

    ކޯލިޝަނުގެ ދުއްޕާނުގައި އެމްޑީޕީގެ ލީޑަރޝީޕް ބައިބައިކޮށް ކޯލީޝަނުގައި އޮވެ ދަ ޑިމޮކްރެޓްސް ބޭރުކުރުވައިގެން ކަރާކަރުޖައްސާ ރައީސް ސޯލިހުގެ ވެރިކަން ވައްޓާލަން ނިކުމެ ހަރާން ކޯރުވީ ބުރުމާ ގާސިމެވެ. އަމިއްލަ ގަޔަށް ވަޅިޖަހަނީ ދަ ޑިމޮކްރެޓްސްއެއް އެމްޑީޕީއެއް ނޫނެވެ. އަމިއްލަ ގަޔަށް ވަޅިޖެހީ ކޯލިޝަންގައި އޮވެ އަބިމީހާ ވަޒީރުކަމުގައި ބަހައްޓައިގެން އިބޫ ސަރުކާރުގެ ސިޔާސީ އެތައް މަގާމެއް ހިސޯރުކޮށް ބޮޑު ފައިދާނަގާ ހަރާން ކޯރުވި ބުރުމާ ގާސިމެވެ. 

    ]]>
    Sun, 28 Jan 2024 12:39:33 +0500 ނިއުސް ޑެސްކް
    އާސަންދަ ލިބޭ ޅެންފަރުވާ https://heerasnews.com/2221 https://heerasnews.com/2221 ނެތްތަ ޅެންވެރިޔަކު މަގޭ ބަލިހާލު ނަފްސާނީ ހުރޭ

    ހަތް ހުވާކޮށް ދޮގުމަތީ އެޅި ސާލު ހިއްލާލަން ކެރޭ 

    ލައްކަ ހަތިޔާރާ އެކީ ތިބިހާ ސިފައިންތައް އިންޑިއާ 

    ގެއްލި ދިޔަތަން ނޭނގުމުން ގަންނާކުރައްވާ ގަތްބިރޭ 

    ދެއްކި ހުސްގޮނޑި ވީތަނެއް ނޭނގޭތި އިރުކޮޅަކާރޮވޭ

    ހެއްލި އެބަހަށް ލެވުނު ވޯޓުގެ ހިތިކަމުން ބެދެނީއަރޭ 

    ދީނަށާ ގައުމިއްޔަތަށް އޮތް ލޯބި ގެރި ލޯތްބަށް ހަދާ 

    ހީނުވާހާ ހީލަތާ  ހެދި ދޮގު ތަކުން އަދު ލޯ ފުރޭ 

    ބައްޔަކީ މީއޭ މަގޭ ފަރުވާ އަކީ ޅެންވެރި ކަމޭ

    ވިއްޔެ ޅެންފަރުވާ ކުރަން ނޫނީ މަވާނީ ދެންމަރޭ 

    ]]>
    Sat, 27 Jan 2024 22:14:22 +0500 ނިއުސް ޑެސްކް
    ޕްރައިމަރީ ވޯޓް ފޮއްޓަށް ލެވެނީ ވޯޓް ދިންމީހާގެ ނަންޖަހާފަ https://heerasnews.com/2220 https://heerasnews.com/2220 ރައްޔިތުންގެ މަޖިލީސް އިންތިާހާބުގައި ޕީއެންސީ ޓިކެޓްގައި ވާދަކުރާނެ މެންބަރުން ހޮވުމަށް ބާއްވާ ޕްރައިމަރީ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. ހެދިގޮތެއް ހަދައިގެން 71000 މީހުނަށް ވޯޓް ދިނުމުގެ ހައްގު ދީގެންނެވެ. ޕީޕީއެމްގެ ނަމުގައި މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޕީޕީއެމަށް ނުދީ ޕީޕީއެމް-ޕީއެންސީގެ މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި ވަރަށް ބޮޑެތި އޮޅުވާލުންތައް ހިންގަމުން ދާކަމަށް މައުލޫމާތު ލިބެއެވެ. 

    ކެންދޫ ދާއިރާގެ ޕީއެންސީ ޓިކެޓަށް ބޭއްވޭ ޕްރައިމަރީގައި 3 މީހަކު ވާދަކުރެއެވެ. ޓިކެޓަށް ވާދަކުރަނީ ކެންދޫ އަބޫބަކުރު (އަބޫ)އާއި ކެންދޫ ޖިހާދު (ޖިއްކޮ) އާއި ކަމަދޫ އަހުމަދު ރިޒާ އެވެ. ކެންދޫ ދާއރާއަކީ ފަސް ރަށް ހިމެނޭ ދާއިރާއެކެވެ. އެރަށްރަށަކީ ކެންދޫ، ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ދޮންފަނެވެ.

    ކެންދޫ ދާއިރާއިން ޕީއެންސީ ޓިކެޓް ވަކި މީހަކަށް ދިނުމަށްޓަކާ ބޮޑެތި އޮޅުވާލުންތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ވަރަށް ބޮޑަށް ހިފަމުން ދާކަމަށް މައުލޫމާތު ލިބިއެވެ.

    ބ. ކުޑަރިކިލު ޖަމްއިއްޔާގޭގައި ބަހައްޓާފައިވާ ޕީއެންސީ ޕްރައިމަރީ ވޯޓް ފޮއްޓަށް ވޯޓު ކަރުދާސް އެޅެމުން ދަނީ ވަރަށް އާދަޔާ ހިލާފު ގޮތަކަށެވެ. ވޯޓް ދޭމީހާއަށް ވޯޓް ފޮއްޓައް ވޯޓް ކަރުދާސް ކޮޅު ވައްޓާލެވެނީ ފާހަގަ ޖެހި ވޯޓު ކަރުދާސްކޮޅު، ވޯޓްފޮށި ބަލަހައްޓަން އިންނަ މީހާ އަތުލާ ވޯޓް ކަރުދާސް ކޮޅުގެ ފުރަގަހުގައި ވޯޓްލާ މީހާގެ ނަން ޖަހުމަށް ފަހުގައެވެ. ބޭނުމަކީ ރައީސް މުއިއްޒު ޓިކެޓް ދޭން ބޭނުންވާ މީހާއާއި ދެކޮޅަށް ވޯޓުދޭ މީހާ ދެނެގަތުމެވެ.   

    މިގެނެސް ދިނީ ހަމަ އެންމެ ރަށެއްގައި ކަންކުރެވެމުންދާ މުޑުދާރު ގޮތެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރޭވިގެން ވޯޓު އޮޅުވާލުމުގެ ކުޅިގަނޑު ވަރަށް ބޮޑަށް ހިގަމުން އެބަދާކަމަށް މިނޫހަށް އަންނަނީ ގިނަ އަދަދަކަށް މައުލޫމާތު ލިބެމުންނެވެ. ކަންކަން ހުރި ހިސާބު ހަމައެކަނި މި ޓްވީޓުން ސާފެވެ. ހުޅުފަޅައިގެން ދާވަރު ހަވީރު ފަހެއްގެ ފަހުން ބަލަން ތިބެމާ ހިގާށެވެ. 

    ]]>
    Sat, 27 Jan 2024 13:36:56 +0500 ނިއުސް ޑެސްކް
    މުސާރަނުދެވިގެން ބޭންކުގައިހުރި އަމިއްލަމީހުންގެ ލާރިކޮޅު ދަމައިގަންނަނީ! https://heerasnews.com/2219 https://heerasnews.com/2219

    ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެގޮތް ނެތިގެން ލޭންދޭނަށް 1 ބިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުދިނުމުން މުސާރަ ދޭން ސަރުކާރަށް ގޮތް ހުސްވެއްޖެއެވެ. މުވައްޒަފުނަށް ނޮވެމްބަރުމަހުގެ މުސާރަދީފައި ވަނީވެސް ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ލޭންދޭނަށް ނަގައިގެން ކަމަށް ކަށަވަރު މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ.

    ދައުލަތުގެ ރިޒާވް އަދަޔާ ހިލާފަށް ދަށަށްގޮސް ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ބޭންކް ތަކަށް ވަނީ ޑޮލަރުގެ ޝޯޓޭޖް ކުރިމަތިވެފައެވެ. މިހެން މިކަން އޮއްވާ މި ހިނގާ ޖެނުއަރީމަހު ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތް ނެތުމުން ސަރުކާރުން ބޭނުންވީ ބޭންކުން 700 މިލިޔަން ރުފިޔާ ލޭންދޭނަށް ހޯދާށެވެ. ބީއެމްއެލްގެ ކޭޝްފްލޯއަށް ވަރަށް ބޮޑަށް ނުރަނގަޅު އަސަރުކޮށް ޑޮލަރ ޝޯޓޭޖް އިންތިހާއަށް ބޮޑުވެފައިވާތީ ސަރުކާރުގެ އެހުށަހެޅުމަށް ބީއެމްއެލް ބޯޑުން އިއުތިރާޒް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ބޯޑްގެ ޗެއަރމަންއާއި އެކު ބޯޑު މެންބަރުން ތަކެއް މަގާމުން ވަކިކޮށްލީއެވެ.

    އާންމު ރައްޔިތުންގެ ޑިޕޮޒިޓް ފައިސާއިން ބޭންކު އޮފް މޯލްޑިވްސްއިން ސަރުކާރަށް ލޭންދޭނަށް ފައިސާ ނަގަން ޖެހުނީ ފައިސާ ޗާޕު ކުރުން ހުއްޓާލުމުންނެވެ. ފައިސާ ޗާޕް ކުރުމަށް މުއިއްޒު ބޭނުން ވިޔަސް އެމްއެމްއޭއިން ފުރުސަތު ދޭން ބޭނުން ނުވެގެން އެކަންވަނީ ނުވެފައެވެ. މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި މީގެކުރީން ސަރުކާރު ތަކަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ހިލޭ އެހީއަށާއި އިންޓްރަސްޓް ކުޑަ ލޯނުގެ ގޮތުގައި އިންޑިއާއިން ދިވެހި ސަރުކާރަށް އެހީތެރިކަން ދެއެވެ. އީގޯ ބޮޑުކަމުން އެ ދޮރުވެސް މުއިއްޒު އަމިއްލައަށް ވަނީ ބަންދު ކޮށްފައެވެ. 

    ޖެނުއަރީ މަސް ނިމެމުން ދާއިރު މުސާރަ ދެވޭނެ ގޮތް ނެތިގެން ކޮމާރޝަލް ރޭޓްގައި ރާއްޖޭގައި ހުރި ބޭންކުން ތަކުގައި ރައްޔިތުން ރައްކާކޮށްފައި ހުރި ލާރިކޮޅުން ލޯނު ހޯދަން ބޭންކު ތަަކަށް ސަރުކާރުން ދަނީ ޕްރެޝަރ ކުރަމުންނެވެ. ރާއްޖޭގެ ކޮމަރޝަލް ބޭންކުންނާއި ސިލޯނު ބޭންކުން ކޮންމެވެސް ވަރަކަށް ކޮމަރޝަލް ރޭޓުގައި ކުރު މުއްދަތެއްގައި އަދާކުރުމަށް ޖަމާގައި ހުރި އާއްމުންގެ ފައިސާއިން ލޯނު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމަތު ލިބެއެވެ. އެހެން ނަމަވެސް ޖެނުއަރީ މަހުގެ މުސާރަ ދިނުމަށް ބޭނުންވާ 700 މިލިއަން ރުފިޔާ ހަމަ ނުވެގެން ސަރުކާރު އަދި އޮތީ ކޮށި އަރައަރައެވެ.

    ]]>
    Fri, 26 Jan 2024 18:05:17 +0500 ނިއުސް ޑެސްކް
    ޝަހީމަށް: ދީން ވިއްކައިގެން ބައްކުރެވޭނީ މުއިއްޒު ބޮޑުކޮށްގެން! https://heerasnews.com/2218 https://heerasnews.com/2218 ވާހަކައެއް ދައްކާއިރު ލަދެއް ހަޔާތެއް ނުހުރެއެވެ. އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވެހުރި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ގޮތް ހުރި ދުރުވިސްނޭ މީހެއް ކަމަށް ހީކުރެވުނެވެ. އިސްލާމް ދީން ރޯފިލާފައި ހުރެގެން ދޮގުވާހަކަ ނުދައްކާނެންޏާ ޑރ. ޝަހީމު ދޮގުވާހަކައެއް ނުދައްކާނެއެވެ. އެކަމަކު ޝަޙީމް ހުންނަނީ ދޮގު ހެދުމާއި އޮޅުވާލުމާއި ހިޔާނާތްތެރި ވުމުގައި އެހެން މީހުނަށްވުރެ ހަފޮނު ކުރީގައެވެ.

    މުއިއްޒު ވެރިކަމަށް އެރިއިރު އިސްލަމިކް މިނިސްޓްރީގައި އޮތް 27 މިލިއަން ރުފިޔާގެ ދަރަނި އަދާކުރެވޭނެ މަގު ދެ މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ހަމަޖައްސާ ދިނީ ކޮންތާކުން ފައިސާ ނެރެގެން ހެއްޔެވެ. ކޮން އިރަކު ހޯދާފައި ހުރި ފައިސާ އަކުން ހެއްޔެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެމަހު މިރާއްޖެއަށް ޓްރިލިއަނުން ފައިސާ ފެންމަތި ވީހެއްޔެވެ.

    އެހިޔަސް ނޭހިޔަސް ޕަބްލިކް ފޯރަމް ބާއްވައިގެން ތިޔަކުޅެނީ ކޮން ޑްރާމާއެއްކަން އެންމެނަށް އެނގެއެވެ. މިހާ ކުރީކޮޅު ގިނަ ގިނައިން އަވަސް އަވަހަށް ފޯރަމްތައް ބާއްވައިގެން ކެނޑުނުހާ ފޮންޏެއް ކަނޑާށެވެ. ރައްޔިތުންގެ މަޖިލީސްގެ އިންތިހާބު ނިމެންދެން ތިޔަ ގަނޑު ހުއްޓާނުލާ ވާނީ ގަންނާށެވެ. ތިޔަ ޑްރާމާތަކުގައި ސީޒަންމެން ކަހަލަ ސްޓާރުން ބައިވެރި ނުކޮށެއް ކަމަކު ނުދާނެއެވެ. 

    ޝަހީމޫއެވެ. މުއިއްޒު ކެބިނެޓްގައި ހުރެގެން މުއިއްޒަކީ މާކަންވާ މީހެކޭ ނުކިޔާ ތިޔަ މަގާމަކު ނުހުރެވޭނެއެވެ. ކެބިނެޓް ވަޒީރަކު ރައީސް މުއިއްޒަށް ކުރާ ތައުރީފަކީ ހަގީގަތެއް ނޫންކަން އެންމެނަށްވެސް އެނގޭނެއެވެ. މާ ކަންވާ ބައެއްކަމަށް ހެދެން ވެގެން ކުރީ ސަރުކާރުން ކުރަމުން އައި ކަންކަން ވެރިކަމާ ހަވާލުވިއިރު ހުރީ ހުއްޓިފައި ކަމަށާއި އެކަންކަން ވަރަށް އަވަހަށް ފަށާނެ ކަމަށް ކޮންމެ މީހަކު އަނގަފުރާފައި އެބަބުނެއެވެ.

    ޓެކްނިކަލް ބައެއް ކަންކަމާ ހުރެ މަދު ކަމެއް މަޑު ޖެހިލާފައި އޮތަސް ކުރީގެ ވެރިކަމުން އެވޯޑްކޮށްގެން ބަޔަކު ލައްވާ މަސައްކަތްފަށާ ހިނގަމުން ދަނިކޮށް ވެރިކަން ބަދަލުވުމުން ގިނަ މަސައްކަތްތައް ހުއްޓުވީ މުއިއްޒު ސަރުކާރުންކަން ބަޔަކަށް އޮޅެގެނެއް ނޫޅެއެވެ. ކުރީ ސަރުކާރުން ކަމެއް ކުރަން ނުފަށާ އޮތްނަމަ ހުއްޓިފައި އެއްވެސް ކަމެއް ނުއޮތީހެވެ. އެކަމުންވެސް ތިޔަ ޕްރޫފް ކޮށްދެނީ ކުރީ ސަރުކާރުން ހުއްޓާނުލާ ގިނަގުނަ ކަންތައްތަކެއް ކޮށްދެމުން އައިސްފައިވާކަމެވެ. ކުރިން ކުރަމުން އައި ކަންކަން މުއިއްޒު ވެރިކަމަށް އެރިގޮތަށް ހުއްޓުވާލައިގެން ހުރިކަމެވެ. ތިޔަ ކުޅޭ ކުރީ ސަރުކާރު ފިލްމަކީ މާކުރީން ކުޅެ ނިމިފައިވާ ފިލްމެކެވެ.

    އާނއެކެވެ. ކެބިނެޓް މެންބަރުންގެ ހައިސިއްޔަތުން ޝަހީމުމެން ބުނަންޖެހޭނީ މުއިއްޒުގެ ހިދުމަތަކީ ރަން އަކުރުން ލިޔަން ޖެހޭ ހިދުމަތް ތަކެއް ކަމަށެވެ. އެހެން ނޫނީ ތިޔަ މަގާމަކު ނުތިބެވޭނެއެވެ. ހައްޖު އުމުރާގެ ފައިސާއާއި ޒަކާތު ފައިސާއާއި ވަގުފު ހިލާލުމުގައި އަމިއްލަ ވިޔަފާރި ޕާޓްނަރަށް ބާރުދީގެން ދީން ވިއްކައިގެން ފައިސާ ބައްކުރާކަށް ނުހުރެވޭނެއެވެ.

    ]]>
    Fri, 26 Jan 2024 15:23:14 +0500 ނިއުސް ޑެސްކް
    މެޑަމް ސާޖީއާހުރެ ސިފައިންނަށް ފޮރުއްޕާކަށް ނެތް! https://heerasnews.com/2217 https://heerasnews.com/2217 އެމެރިކާގެ ރައީސުން އަރާމުކޮށްލާ ޗުއްޓީ ހަދާލަން ވަޑައިގަންނަވަނީ ކޭމްޕް ޑޭވިޑަށެވެ. ރާއްޖޭގެ ރައީސުން މޫދަށް އެރިވަޑައިގަތުމަށާއި ގައިކޮޅު މޮޑެލައްވާ ކުޅިވަރުކުޅެލައްވާ މަޖާކޮށްލައްވަން ވަޑައިގަންނަވަނީ އާރަށެވެ. ރާއްޖޭގެ ކުރީގެ ރައީސުން އާރަށަށް ކިތަންމެ ވަރަކަށް ވަޑައިގެން އުޅުއްވިޔަސް ވަރަށް މަދު ފަހަރެއްގައި ނޫނީ ކުރީގެ ފަސްޓްލޭޑީންނަކީ އާރަށަށް ވަޑައިގެން އުޅުއްވާ ބޭފުޅުންނެއް ނޫނެވެ. ބޮޑުގެރި ބޭރަށް ހިންގާހެން އާރަށަށް ވަޑައި ނުގަތަސް ކުރީގެ ފަސްޓްލޭޑީންގެ ފަސްޓްލޭޑިކަމުން ތަންފުކެއްވެސް އުންޏެއް ނުވެއެވެ. 

    ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ އެންމެ މަތިވެރިއާއަށް ހާއްސަވެފައި ކަންކަމާއި ތަކެއްޗާއި ތަންތަން ހުރެއެވެ. މި ރާއްޖޭގައި ރިޔާސީ ގަނޑުވަރުގެ އިތުރަށް ލޯންޗު ކޮޅުތަކާއި އާރަށް އޮވެއެވެ. އެތަން ތަނަކީ ސަލާމަތީ ގޮތުން ވަރަށް ހާއްސަ ބެލެހެއްޓުންތެރި ކަމެއް އޮންނަ ތަންތަނާއި ތަކެއްޗެވެ.

    ތިރީސް އަހަރުގެ ފަސްޓްލޭޑީ މެޑަމް ނަސްރީނާ އާރަށަށް ވަޑައިގަތީ ކިތައް ފަހަރުކަން މިހާރުވެސް ހަދާނުގައި ހުންނަހާ ވަރަށް ތިރީސް އަހަރު ތެރޭގައި އެކަމަނާ އާރަށަށް ވަޑައިގެން އަދަދު މަދުވާނެއެވެ. މެޑަމް ލައިލާ އާރަށަށް ވަޑައިގަތީ މުޅިއަކު ދެ ފަހަރުއެވެ. މެޑަމް އިލްހާމު ރައީސް ވަހީދާ ވަކީން އާރަށަކަށް ވަޑައެއް ނުގަންނަވައެވެ. އާރަށަށް ވަޑައިގެން އުޅުއްވުމަކީ މެޑަމް ފާތުންވެސް ހިތްޕުޅާވެގެން ކުރައްވާ އުޅުއްވި ކަމެއް ނޫނެވެ. މެޑަމް ފަޒުނާވެސް އާރަށަށް ވަޑައިގެން ނޫޅުއްވައެވެ. 

    ކުރީގެ ފަސްޓްލޭޑީންނަކީ ފަސްޓްލޭޑީ ހެދިވަޑައިގެން ދެއްކުންތެރިކަން ކުރިއަށް ނެރުއްވައިގެން އުޅުއްވި ބޭފުޅުންނެއް ނޫނެވެ. ކުރީގެ ފަސްޓްލޭޑީއަކު އާރަށަށް ވަޑައިގަތަސް ވަޑައި ގަންނަވަނީ ތުއްޕުޅު ބޭފުޅުންނާއެކުގައެވެ. މަދު ގަހުރަމާނަކު ގެންދެވިޔަސް ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިން ގެންދަވައިގެން އުޅުއްވާފައެއް ނެތެވެ. 

    އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތީ ދިރިއުޅުއްވުމަށް ރަސްމީ ގަނޑުވަރުން ބޭރުގައި ހާއްސަވެފައި އޮންނަ ރަށެއްކަން ކުރީގެ ފަސްޓްލޭޑީންނަށް އެނގިވަޑައިގަނެއެވެ. ސަލާމަތީ ސަބަބުތަކަށްޓަކާއި އެރަށަކީ ކޮންމެ ކޮންމެ މީހަކަށް އަރާ ފޭބުން މަނާ ތަނެއްގެ ގޮތުގައި އޮންނަ ރަށެއްކަން ކުރީގެ ފަސްޓްލޭޑީންނަށް އެނގިވަޑައިގަނެއެވެ. ވަކި ކަހަލަ ސެކިއުރިޓީ ޕްރޮޓޮކޯލް ތަކެއް އޮންނަ ތަނެއްކަން ކުރީގެ ފަސްޓްލޭޑީންނަށް ވިސްނި ވަޑައިގަނެއެވެ.

    ސަލާމަތީ ބާރާއި ހަށިފާރަވެރިންގެ ލޯތައް ކޮންމެ މީހަކަށް ވަކިވަކިން ހުއްޓިފައި އޮންނަ ތަނެއްކަން ކުރީގެ ފަސްޓްލޭޑީންނަށް އެނގި ވަޑައިގަންނަވައެވެ. އެހެން ކަމުން ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިން އާރަށަށް އަރުވައިގެން އުޅުއްވުމަކީ ރައްކާތެރި ކަމެއް ނޫންކަމާއި އެކަމުގެ ސަބަބުން ސަލާމަތީ ހިދުމަތުގައި ތިބޭ ބަޔަކަށް ޖެއްސޭ ބޮޑުތަކުލީފަކަށް އެކަން ވާނެކަން މީހަކު ނުބުންޏަސް ކުރީގެ ފަސްޓް ލޭޑީންނަށް އެނގިވަޑައިގަންނަވައެވެ. 

    އޭރު އެކަން އެހެން އޮތަސް ފަސްޓްލޭޑީ ސާޖީ ވަރަށް ތަފާތެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް މިވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި ފަސްޓްލޭޑީ މެޑަމް ސާޖީ އާރަށަށް ވަޑައިގެން އަދަދު އެކަމަނާއަށް ވެސް އެނގި ވަޑައި ނުގަންނަވާނެއެވެ.

    އެއްބަހެވެ. ތިންއިރު ކާ ބޭހެއްހެން ފަސްޓްލޭޑީ މެޑަމް ސާޖީ އާރަށަށް ވަޑައިގަތިއްޔާ ބަޔަކާ ކީކީހެއްޔެވެ. އެކަމަނާ ކިތަންމެ ވަރަކަށް އާރަށަށް ވަޑައިގަތަސް ވަރިހަމަތާއެވެ. އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތީ ދިރިއުޅުއްވުމަށް ހާއްސަ ވެފައި އޮންނަ ރަށެކެވެ. ފަސްޓްލޭޑީއަކީ ރައީސްގެ ޒާތީ ދިރިއުޅުއްވުމެވެ. ރައީސް އަރިހުގައި ވަޑައިގަތަސް ތުއްޕުޅު ބޭފުޅުންނާއެކު ވަޑައިގަތަސް ގިނިކަންޏާ އާރަށަށް މެޑަމް ސާޖިދާ ވަޑައިގަތުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. 

    މައްސަލައަކަށް ވަނީ އާއިލާ މީހުންނާއި ދުރުތާ ތިމާގެ މީހުންނާއި ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންގެ ބޮޑު ފައުޖަތަކާއެކުގައި ނޫނީ މެޑަމް ސާޖީ އާރަށަށް ވަޑައިނުގަތުމެވެ. ކުއްލި ކުއްލިއަށް ކުރިން އެނގުމަކާނުލާ ބޮޑެތި ބައިބައިގަނޑު އާރަށަށް އަރުވާ އެރުވުމެވެ. ގުއިނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭހެން އުޅުއްވުމަކީ ސިފައިންނަށް ވެސް ފޮރުއްޕާ ކަމަކަށް ނުވާނެއެވެ. 

    ސަލާމަތީ ގޮތުން ބެއްޔަސް އެއްޔަކީ ރައްކާތެރި ކަމަކަށް ނުވާނެއެވެ. ޓީވީން ލައިވް ކުރެވެމުން ދަނިކޮށް އާއްމުންގެ ތެރޭގައި ހިންގަވާ ވަޑައިގަންނަވަމުން މެޑަމް ސާޖީގެ މޫނު ފުއްސެވި ޓިސޫ ކޮޅުން ރައީސްގެ މޫނު ފުއްސެވުން ކަމަކަށް ނުވިޔަސް އާރަށަކީ އާއްމުން ދަތުރު ދާން އޮތްތަނެއް ނޫންކަން މެޑަމް ސާޖީއަށް އެނގިވަޑައި ގަންނަވަން ޖެހެއެވެ. ޗައިނާ ގަނޑުވަރުތަކުގެ ސިޑިތަކުގެ ރޭލިންގެ މިލަ މެޑަމްގެ އަތްޕުޅުން ކައްސަވާ އެތަން ތާނގެ ތަނބު ތަކުގައި އުނގުޅުއްވާހެން އާރަށަށް ވަޑައިގަތުން ވެސް ސެކިއުރިޓީއަށް ނުފޮރުއްޕާނަކަށް ވާވަރު ކޮށްނުލެއްވިޔަސް ފަސްޓްލޭޑީގެ ހައިބަތަށް ލިބޭ އުނިކަމެއް ނުއޮންނާނެއެވެ.

    ރަސްމީ އިހުތިފާލް ތަކާއި އާއްމު ތަންތާ މެޑަމް ސާޖީ އުޅުއްވާ ގޮތްގޮތުން މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދުވެއެވެ. އާރަށް ފަދަ ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅިފައި އޮންނަ ތަންތަނަކީ ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިން ގޮވައިގެން މަޖާ ނަގާ ތަނަކަށް ހެދުމަކީ ގައުމީ ސަލާމަތީން ކަންބޮޑުވާނެ ކަންކަމެވެ. ކަމެއް ގޯހުން ގޯހަށް ދިޔުމުގެ ކުރީން ފަސްޓްލޭޑީއަށް ޕްރެޒިޑެންޝަލް ޕްރޮޓޮކޯލް ކިޔަވާ ވިދާޅުވާން އެބަޖެހެއެވެ. 

    ]]>
    Fri, 26 Jan 2024 13:34:15 +0500 ނިއުސް ޑެސްކް
    ބީއެމްއެލް ތަޅާލިޔަސް ނެތް ޑޮލަރެއް ނުނެރެވޭނެ! https://heerasnews.com/2216 https://heerasnews.com/2216 ވެރިކަން ލިބިގެން ރާއްޖޭން ބޭރަށް ކުރި ފުރަތަމަ ދަތުރު ޑރ. މުއިއްޒު ކުރީ ތުރުކީއަށެވެ. ތުރުކީއަށް ކުރި އެ ދަތުރުގައި ތުރުކީގައި ތިބި ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކޮށް އެ ކުދިން ޅޮސް އުނދޯއްޔަށް އެރުވީ އެ ކުދިންނަށް ދިމާވާ އެންމެ ބޮޑު ކަންބޮޑުވުމާ ގުޅުވައިގެންނެވެ. އެ ކުދިން ގާތު ޑރ. މުއިއްޒު ބުނީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން ބޭރުގައި އުޅޭއިރު އެ ކުދިންގެ އެކައުންޓު ތަކުން ނެގޭ ޑޮލަރު ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އެހެން ބުނުމާއެކު އެ ކުދިން އުފަލުން ފޮޅުނެވެ. ދެން ތިބެގެން ބާރަށް ޖެހީ އަތެވެ.

    ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ނައްތާލަ ދޭނެކަމަށް ރައީސް މުއިއްޒު ބުނި ޑޮލަރުގެ ލިމިޓް ވެސް ވެގެން ދިޔައީ އާދައިގައި މުއިއްޒު ޖަހާ ކަހަލަ އުބަށް ޖެހުމަކަށެވެ. މުޅިން ނައްތާލާނެ ކަމަށް ބުނި ޑޮލަރުގެ ލިމިޓް، ކޮންމެ މަހެއްގެ މައްޗަށް 1200 ޑޮލަރު ނެގޭ ގޮތަށް ލިމިޓް ކުރަން ނިންމީއެވެ. އެހުމެއް ކެހުމެއްނެތި ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ފެބްރުއަރީ މަހުން ފެށިގެން ނެގޭ ޑޮލަރުގެ ލިމިޓަކީ 1200 ކަމަށް ހަމަޖައްސާ އިއުލާނު ކުރީ ކަމުގެ ނާޒުކްކަން ކުޑަކޮށްވެސް އިހުސާސްކޮށްލުމެއް ނެތިއެވެ.

    ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި އިގްތިސާދަށް ލޮޅުން އަރާ ޒާތުގެ ބޮޑެތި ނިންމުން މުއިއްޒު ނިންމަނީ އެހަކަތަ ހުރިތޯ ކަމާގުޅޭ ދާއިރާގައި އަހާލުމެއް ކަހާލުމެއް ނެތިއެވެ. ޑރ. މުއިއްޒު  ސަރުކާރުން ނިންމާފައިވާ ގޮތަށް ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ލިމިޓު އުފުލާލީ އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ވަރަށް ބޮޑަށް ކަން ބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. 

    މުއިއްޒު މި ނިންމި ނިންމުގެ ތަކުލީފް އުފުލަން ޖެހޭނީ ރާއްޖޭގެ ގައުމީ ބޭންކުންނެވެ. ބޭންކުގައި އެކަށީގެންވާ ވަރަށް ޑޮލަރު ނެތުމުން ބޭރުން މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް މުދާގަތުމަށް ބޭނުންވާ ޑޮލަރު ފޯރުވާ ނުދެވިގެން ބޭންކް އޮފް މޯލްޑިވްސް ކޮށިއަރާފައިވާ ދަނޑިވަޅެއްގައި ބޭރުފައިސާ އާއި ގުޅޭ އެވަރުގެ ބޮޑު ނިންމުމެއް ނިންމީމާ ވެރިޔާ ވިދާޅުވިޔަސް ބޭންކް އޮފް މޯލްޑިވްސްއަށް ކޮށްދެވޭނެ ކަމެއް ނުއޮންނާނެކަން ފައިސާ ހިނގާ މަގު އެނގޭ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

    އެހެނެކޭ ކިޔާ ބޭންކްގެ ޗެއަރމަނާއި ޑިރެކްޓަރުން ބޯޑު މެންބަރުން ތަކެއް ކަނޑާއުކާލިޔަސް ކުރާނީ ކީއް ހެއްޔެވެ. ބޭންކް ތަޅާލިޔަސް ބީއެމްއެލްގައި ނެތް ޑޮލަރެއް ނުނެރެވޭނެއެވެ. 

    ]]>
    Thu, 25 Jan 2024 21:12:14 +0500 ނިއުސް ޑެސްކް
    36 ހާސް މީހުންގެ ޕީޕީއެމް އަށް މަޖިލިސް ހަރާން https://heerasnews.com/2215 https://heerasnews.com/2215 ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް)އެވެ. ޕްރޮގްރަސިވް ކޯލިޝަންގެ މައި ޕާޓީއަކީ ވެސް ޕީޕީއެމްއެވެ. ޕީޕީއެމްގެ މައްޗަށް ކޯލިޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓިން އަތްގަދަކޮށް ޕީޕީއެމްގެ ބާރުކަނޑުވާ ލައިގެން އުޅޭ އުޅުމަކީ ސީރިއަސް މައްސަލައެވެ. 

    ޕީޕީއެމާއި ޕީއެންސީއަކީ ގާނޫނީ ދެ ޝަހުސެވެ. ކޯލިޝަނެއް ހަދައިގެން އުޅުމަކީ ސިޔާސީ ޕާޓީއަކަށް ގާނޫނީ ގޮތުން އޮންނަ ރުކުންތައް ހަމަނުކޮށް އޮތުމަށް އޮތް ލައިސަންސެއް ނޫނެވެ. ކޮންމެ ޕާޓީއަކަށްމެ އޮންނަ ހައްގުތަކުގައި މަރުތަޅު އެޅެން ޖެހޭ ކަމެއްނޫނެވެ. 

    2023 ވަނަ އަހަރު ނިމުނުއިރު ޕީޕީއެމްގައި 36223 މެންބަރުން އެބަތިއްބެވެ. ސިޔާސީ ގޮތުން އެ 36223 މީހުންނަށް ލިބިދޭ ގާނޫނީ ހައްގުތަކެއް ވެއެވެ. ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެންބަރުން ތިބޭ އަދަދަށް ބަލައިގަނެގެނެވެ. ވަކި މަދު ބައެއްގެ ބާރުވެރި ކަމަށްޓަކައި 36000 މީހުންގެ ގާނޫނީ ހައްގެއް ނުހިފެހެއްޓޭނެއެވެ. 

    ޕީޕީއެމްއަކީ ރާއްޖޭގައި ވެރިކަން ކުރާޕާޓީއެއް ނޫނެވެ. ވެރިކަން ކުރާ ޕާޓީއަކީ ޕީއެންސީއެވެ. ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމްގެ ދައުރެއް ނެތެވެ. ރާއްޖޭގެ ރައީސްއާއި ނައިބު ރައީސްއަކީ ޕީޕީއެމްގެ މެންބަރުންނެއް ނޫނެވެ. ވަޒީރު ކަމުގައި ޕީޕީއެމްގެ ދެ ނައިބު ރައީސުން ތިބުމަކީ ކޯލިޝަން މައިޕާޓިގެ ނިސްބަތުގައި ޕީޕީއެމަށް ހައްގު މިންވަރެއް ނޫނެވެ. 

    ޕީޕީއެމްގަ ރައީސް ނެތް ދަނޑިވަޅެއްގައި އާއްމު މެންބަރުގެ ބާރުކެނޑޭ ގޮތަށް ޕީޕީއެމްގެ ދެނައިބު ރައީސުން ވެގެން ގާނޫނާ ހިލާފަށް ޕީޕއެމްގެ 36 ހާސް މެންބަރުންގެ ހައްގުތައް އެ ތިބެނީ ފޭރިގަނެގެންނެވެ. ކުޑަ ޕާޓީއަކުން ބޮޑު ޕާޓީގެ މައްޗަށް ވެރިވެގަނެ ބޮޑު ޕާޓީގެ ވާގި އެ އޮތީ ނައްތާ ލާފައެވެ. 

    ޕްރޮގްރަސިވް ކޯލިޝަނުގެ ނަމުގައި ކޯލިޝަނެއް ހަދާ ހިންގީ އިސް ޕާޓީގެ ގޮތުގައި ޕީޕީއެމް އޮވެ އެ ކޯލިޝަނަށް ވެރިކަން ހޯދާ ވެރިކަން ހިންގާށެވެ. ކޯލިޝަން ޕާޓްނަރުން ނަށްވުމަކީ ޕާޓީގެ އާއްމު ހުރިހާ ހައްގުތަކެއް ހިފެހެއްޓުމަށް އޮތް ބާރެއް ނޫނެވެ.

    ކޯލިޝަން ޕާޓްނަރުން ނުހިމެނޭ ގޮތަށް ހަމައެކަނި ޕީޕީއެމްގެ ސެނެޓަރުން ހިމެނޭ ސެނެޓް ޖަލްސާއެއް ބޭއްވުމުގެ ބާރެއް މިހާރަކު ޕީޕީއެމަކު ނެތެވެ. ޕީޕީއެމް މެންބަރުންގެ އަދަދަށް ނިސްބަތްކޮށް ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޫކުރާ ފައިސާ ބޭނުން ކުރުމުގެ ގޮތް ކަނޑައެޅުމުގެ ބާރެއް ޕީޕީއެމަކަށް ނެތެވެ. ޕީޕީއެމްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ފުރުސަތެއް ވެސް ޕީޕީއެމް މެންބަރުންނަކަށް ނެތެވެ. ހުރިހާ ކަމެއް ނިންމަނީ ޕީއެންސީއަށް ފަހިވާހެން ކޯލީޝަން ސެނެޓުންނެވެ. 

    ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް ޕެރެލައިޒް ކޮށްލާފާ ބާއްވައިގެން ޕީޕީއެމުގެ ފައިދާ ޕީއެންސީން ނަގަމުން ދާއިރު ގާނޫނީ މުއައްސަސާތައް އޮތީ ނިދާފައެވެ. ޕީޕީއެމް ޓިކެޓްގައި އިންތިހާބު ތަކުގައި ވާދަ ކުރުމުގެ ހައްގުން ޕީޕީއެމް މަހުރޫމް ކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އޮންނަ އެންމެ ބޮޑު ސިޔާސީ ހައްގަކީ ޕާޓީ ޓިކެޓްގައި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި ޕާޓީ ޓިކެޓަށް ވޯޓު ދިނުމުގެ ހައްގެވެ.

    ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަ ކުރުމުގެ ހައްގުވެސް ވަނީ ޕީޕީއެމަށް ގެއްލުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރު ޕީޕިއެމްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ނުއިންނާނެއެވެ. އިންތިހާބުގައި ވާދަކުރަން ފުރުސަތު ނުދިނުމުން 20 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިގެން ދާނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ އެންމެ މެންބަރަކުވެސް ނެތިއެވެ. ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ބާރު ކަނޑުވާ ލެވޭނީ އެހާކަށް ވަރަށެވެ. 

    މިހިނގާ ރިޔާސީ ދައުރަކީ ޕީޕީއެމް ސިޔާސީ ގޮތުން ބާރު ކަނޑުވާލުމުގެ ފަސް އަހަރު ކަމުގައި ވިޔަ ނުދިނުމަށް ޕާޓީ މިނިވަން ކުރަން ނިކުތުމުގެ ވަގުތު ޖެހިއްޖެއެވެ. 36 ހާސް މެންބަރުންނަށް ބަޖެޓުން ދިން ފައިސާއަކީ އެހެން ކުޑަ ޕާޓީއެއް ބާރުވެރި ކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވިޔަނުދޭން ތެދުވަން ޖެހިއްޖެއެވެ.   

    ]]>
    Thu, 25 Jan 2024 12:56:35 +0500 ނިއުސް ޑެސްކް
    ލޭބަރ ޔުނިއަން ފޭލިކޮށްލަން މަހުޖަނުން ކުރި ހިޔަޅުބުއްދި! https://heerasnews.com/2214 https://heerasnews.com/2214 ރާއްޖޭގައި އުޅޭ މަހުޖަނުން ރާއްޖެއަށް ހަދަން މިއުޅެނީ ކިހިނެއް ހެއްޔެވެ. ރާއްޖެއަކީ މަހުޖަނުންގެ އެކަނި ގައުމެއް ނޫނެވެ. ކޮންމެ ސަރުކާރެއް އުފެދިގެން އަންނައިރު ސަރުކާރުގެ ގޮހޮރު ފުލަށް އެރިގެން މުޅި ގައުމު ވަކި ހައެއްކަ މީހަކު މިއޮންނަނީ ދައުލަތް ހިސޯރުކޮށްފައެވެ. މަހުޖަނުން ބޭނުން ނޫން ގޮތަކަށް ދައުލަތުގެ އެއްވެސް ކަމެއް ނުހިންގޭ ވަރަށް ސަރުކާރު އޮންނަނީ މަހުޖަނުންގެ ދަށުލާފައެވެ. 

    ރައްޔިތުންގެ ގިނަ ބައެއްގެ ނިކަމެތި ކަމުގެ ފައިދާ ނަގައިގެން ދައުލަތުގެ މުއްސަދިކަން ފޭރިގަނެގެން އުޅޭ މަދު ބައެއްގެ އުދަގޫ ނުފޯރާ ވެރިކަމެއް ރާއްޖެއަކަށް ނާދެއެވެ. ވަރަށް ބޮޑަށް ރޭވިގެން ހުރިހާ ސިޔާސީ ޕާޓީތަކެއް ވެސް އޮންނަނީ މަހުޖަނުން ހިސޯރުކޮށްފައެވެ. މަހުޖަނުންގެ އަތުން މަހު އެއްޗެތިކޮޅު ލިބޭ ވަޒީރު ބޭފުޅުން ސަރުކާރުތަކުގައި އަބަދުވެސް ތިބެއެވެ.

    މަހުޖަނުން އަތުން ދައުލަތަށް ލީބޭ އެއްޗަކަށްވުރެ މާބޮޑު އެއްޗެއް މަހުޖަނުންނަށް ނުލިބޭ ގޮތަކަށް އުސޫލެއް ގަވައިދެއް ގާނޫނެއް ނޯވެއެވެ. ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި އެނޫންވެސް އެއްޗެތި ގަވައިދުން ދެއްކުމަކީ މަހުޖަނުންނަށް އޮންނަ ކަމެއް ނޫނެވެ. ދައްކަން ޖެހޭ އެއްޗެއް ދުވަސް ގަނޑެއް ވަންދެން ނުދައްކާ ބޭއްވުމަށް ފަހު އެ އެއްޗެއް ނުދައްކާ މާފު ކުރުވުމަކީ އާއްމު ކަމެކެވެ.

    ދިވެހިންނަށް ރަނގަޅު ވަޒީފާއެއް ދީގެން އުޅެވޭވަރުގެ ބަޔަކަށް މަހުޖަނުން ވާކަމަކަށް ނުވެއެވެ. ރަނގަޅު އިނާޔަތަކާއި މުސާރައެއް ދިވެއްސަކަށް ދިނުމަކީ މުޅި ވިޔަފާރި ފުނޑި ބަގުރޫޓްވާ ކަމެއް ކަމަށް އެމީހުން ދެކެއެވެ. ކުޑަކުޑަ މުސާރައަކަށް ލޭބަރުން ގެނެސްގެން އެމީހުން ގާނައިގެން މަސައްކަތް ކުރުވުމަކީ މަހުޖަނުންގެ ސިފައެވެ. ބޭރުން ގެންނަ ލޭބަރުންނަކީ އިންސާނީ ކަރާމާތެއް ނެތް އަޅުން ތަކެކޭ އެއްވެސް ތަފާތެއް ގިނަ ތަންތާ ނުހުރެއެވެ. ކުޑަކުޑަ މުސާރައެއް ދީގެން ގުދަނެއްގައި މަތިމައްޗަށް ނިންދަވައިގެން ގުލާނު މަސައްކަތް ކުރެވެނިކޮށް މަހުޖަނުންނަށް ނިމުނީއެވެ.

    ގޮތެއް ފޮތެއް ނެތް މިޒާތުގެ މަހުޖަނުންނަށް ރަނގަޅު ވާނީ ވަޒީފާދީގެން ގެންގުޅޭ މީހުންގެ %70 ޕަސެންޓް ކީއްކުރަން ހެއްޔެވެ. %90 ބޭރު މީހުނަށް ގެންގުޅޭ މުއައްޒަފުން ހެދުނިއްޔާއެވެ. ދިވެހީންނަކީ ކަންނެތް މަސައްކަތުގެ އަހުލާގު ނެތް ބައެއް ކަމަށް ދައްކައިގެން ވަޒީފާތަކަށް ބޭރު މީހުން ގެނެސްގެން ބޮޑު ފައިދާ ނެގެނިކޮށް އެމީހުނަށް ނިމުނީއެވެ.

    ދިވެހި ސަގަފީ ކުޅިވަރުތައް ކުޅުމަށް ރިސޯޓް ތަކަށް ގެންނަންވެސް އެމީހުނަށް ރަނގަޅީ ބިދޭސީންނެވެ. ވޯކް ވިސާ ޖަހައި ދީގެން ގެނެސްފައި ރިސޯޓް ތަކުގައި ބައިތިއްބަން ކަމުދަނީވެސް ބިދޭސީ މިއުޒިޝަނުންނެވެ. ދިވެއްސަކަށް އެއްޗެއް ލިބިގެން ކަމަކު ނުދާނެއެވެ.

    ރާއްޖޭގެ ކަންކަން މި ބީދައަށް ބައްޓަން ކޮށްގެން މުޅި ގައުމުގައި ހުރިހާ ކަމެއްގައި ބިދޭސީން ރުކުރުވާލައިގެން ތިބެ މިކިޔަނީ ރާއްޖޭގައި ދައުރުވާ ބޭރު ފައިސާ މިލިއަން މިލއަނުން ކޮންމެ ދުވަހަކުވެސް ބޭރުވާ ވާހަކައެވެ. ޑޮލަރު އަގުބޮޑުވާ ވާހަކައެވެ. ވިޔަފާރި ވެރިން މުދާގަތުމަށް ބޭނުންވާ ބޭރު ފައިސާ ބެންކްތަކުން ލިބެން ނުހުންނަވާހަކައެވެ. 

    ވިޔަފާރި ވެރިންނާއެކު ނަގޫގޮށް ޖެހިފައި އޮންނަ އެއްވެސް ސަރުކާރަކަށް އާދައިގެ ރައްޔިތުން ބާރުވެރި ކުރެވޭ ކަމަކަށް ނުވާނެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރު ގިނަ ރިސޯޓްތަކެއް ރާއްޖޭގައި ހުއްޓަސް އާއްމު ރައްޔިތުންގެ ގިނަބަޔަކަށް ލިބޭ އުފަލެއް އެކަމަކުންނެތެވެ. މަސައްކަތްތެރިންގެ ޔުނިއަން ހިގައިގަތުމުގެ ކުރީން ދިވެހި މަސައްކަތްތެރިން މަދުކޮށްލުމުގެ ހިޔަޅު ބުއްދި މަހުޖަނުން ކުރިލެއް ކިހާ މޮޅު ހެއްޔެވެ.

    ]]>
    Thu, 25 Jan 2024 04:30:40 +0500 ނިއުސް ޑެސްކް
    ސައީދަށް: ދުފާތައްޓަށް ފައިން އެރުނީމާ ހަތަރެކޭ ނުކިޔާ ގެއަށް ކަނޑާލާ https://heerasnews.com/2213 https://heerasnews.com/2213 އެއްކަލަ ކުރީ ސަރުކާރު ލަވަ ފެށީއެވެ. ސަރުކާރެއް ބަދަލުވެ އަނެއް ސަރުކާރަކާ ދައުލަތް ހަވާލު ކުރަނީ ހުރިހާ ކަމެއް ޒީރޯއަށް ގެނެސްފައެއް ނޫނެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް ހިންގުން ބަދަލުވާއިރު ހުންނަނީ ފައިސާ ނުދައްކާ ހުންނަ ބިލްތައް އެކަންޏެއް ނޫނެވެ. ހޯދާފައި ހުރި ފައިސާ ވެސް ހުރެއެވެ. ކޮށް ނިންމާފައި ހުންނަ މަސައްކަތާއި ފަށައިގެން ކުރިއަށް ގެންގޮސް ނުނިމި ހުންނަ ކަންތައް ހުރެއެވެ. ކުރަން އުޅެ ނުވެފައި ހުންނަ ކަންތައްވެސް ހުރެއެވެ. ކޮންމެ ސަރުކާރަކުން ހަވާލުވަނީ ވެސް ހިނގަ ހިނގާ އޮތް ދައުލަތަކާއެވެ. އެ ހިނދަކަށް ދައުލަތަށް އޮތް ފައިދާއަކާއި ގެއްލުމަކާއި ދަރަންޏަކާވެސް އެކުގައެވެ. 

    ކޮންމެ ސަރުކާރެއް އިންތިހާބުން ބަދަލުވަނީ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވީމާ އެގޮތަކަށެވެ. ވަގާ ދޮގާ މަކަރާ ހީލަތް ހަދައިގެންވެސް ގިނަ ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަކަށް ސަރުކާރު ބަދަލު ކުރަނީއެވެ. ކޮންމެ ސަރުކާރެއް ބަދަލު ކުރަނީ ކުރިއަށްވުރެ ރަނގަޅަށް ކަންތައް ކުރުމަށެވެ. 

    މިދިޔަ ނޮވެމްބަރު މަހު ޑރ. މުއިއްޒު ވެރިކަމާ ހަވާލުވީއިރު 119 ބިލިޔަން ދަރަނި އޮތްކަމަށް މުއިއްޒު ހުވާކޮށްފައި ރައްޔިތުން ކުރި މައްޗަށް ހުއްޓިހުރެ ބުންޏެވެ. އޭގެ މާނައަކީ މުޅި ދިވެހި ދައުލަތުން އެދުވަހާ ހަމަޔަށް ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި އޮތީ 119 ބިލިޔަން ރުފިޔާއެވެ. ލޯނެއް ވިޔަސް ދައްކަންޖެހޭ ބިލެއް ވިޔަސް އޭގެ ތެރޭގައި ހިމެނިފައި އޮންނާނެއެވެ. ވެރިކަމާ ހަވާލުވީ އެފައިސާ އަދާކޮށް ކުރިއަށްވުރެ ފަހި ދިރިއުޅުމެއް ދިވެހި ރައްޔިތުންނަށް ހޯދާ ދޭނަމޭ ކިޔައިގެންނެވެ.

    ވެރިކަން ލިބުނީމާ ފަހަރަކު ވަޒީރަކު ނިކުމެ ކުރީ ސާރުކާރުން މިވެނި ވަރެއް ނުދައްކާ އެބައޮތެކޭ މިވެނިކަމެން މިވެހނިހެން ކޮށްފައި އެބައޮތެކޭ ގޮވާނެކަމެއް މިހާރަކު ނެތެވެ. ރައްޔިތުން ކުރިމަތީގައި ކެނޑި ސަޅިބައިސާ ގަބޫލުކޮށް ތިޔަ ތިބީ ވެރިކަން ދީފައެވެ. ހަސްނެތަސް އަދިވެސް ތިޔަދަނީ އަތްގުޅި ނުކާވަރު ބައިސާ ހުއްޓާނުލާ ކަނޑަމުންނެވެ. ހުރިހާ ދިވެހިން ހަނދަށް ނުގެން ގޮސް މިތިބީ ހަމަ ކިރިޔަކިރިޔާއެވެ.

    އެކަމަކު މިހާރު ގިނަ ރައްޔިތުން ތިބީ ތިޔަހެން ދައްކާ ވާހަކަތައް އަޑުއަހާ ގޮތަކަށް ނޫނެވެ. ކުރީ ސަރުކާރު ތަކުން ފުރަތަމަ ދެމަސް ދުވަސް ކީއްކުރަން ހެއްޔެވެ. މުޅި ދައުރުގައި އާމްދަނީ ހޯދަން ކަމެއް ނުކުރިޔަސް ވެރިކަމުގައި ތިބެ ކުރީ ސަރުކާރުން މިވެނި ކަމެއް ނުކުރެއޭ އެވެނިކަމެއް ނުކުރެއޭ ކިޔައިގެން ހަމަ އަޅުވަން ނޫޅޭށެވެ. 

    ފަސް އަހަރު ވަންދެން ރައީސް ޔާމީނު ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރި މިހާރުގެ އިކޮނޮމިކް މިނިސްޓަރ ތުރާކުނު ސައީދެއް ކަމަކު ކުރީ ސަރުކާރޭ ކިޔައިގެން އަނގަދިޔާ ކުރާކަށް ރީއްޗެއް ނޫނެވެ. ކުރިން އިކޮނޮމިކް ވަޒީރުކަން ސައީދު ކުރި ފަސް އަހަރު ދިވެހި ދައުލަތް އޮތީ ޓްރިލިއަން ޑޮލަރުން އަރަނިވެރި ކޮށްފައެއް ނޫނެވެ. އޭރުވެސް ރޯމާ ދުވާލު ސައީދުމެން ދައުލަތް ދަވާލީއެވެ. ދިވެހި ދައުލަތް އަދިވެސް އޮތީ އެކަމުން އަރައި ނުގަނެވިފައެވެ. 

    ވަޒީރު ސައީދޫއެވެ. ވާހަކައެއް ބުނަން ހެއްޔެވެ. ކުރީ ސަރުކާރޭ ކިޔައިގެން އަނގަފުޅާ ކުރާއިރު ތިމަން މެނަށް ވާނެއޭ ކިޔައިގެން ސަރުކާރާ ހަވާލުވީ ކީއްކުރަން ހެއްޔެވެ. ތިޔަބުނާ ކުރީ ސަރުކާރަކުން ދަރަނިވެރި ވެގެން ސަރުކާރު ހިންގޭކަށް ނެތޭ ސަރުކާރާ ހަވާލުވެ ދޭށޭ ބުނީ ހެއްޔެވެ. ނުބުނޭ ނޫން ހެއްޔެވެ. އެ ސަރުކާރުން އަބަދުވެސް ބުނަމުން އައީ ކަންކަން ހަމަޔަށް އަޅުވާ، ފަށާފައި ހުރި ކަންކަން ނިންމާ އުފާވެރި އަމާން ރާއްޖެއަކަށް ރައްޔިތުން ގެންދަން ކުރިއަށް އޮތް ދައުރު ދޭށޭ ނޫން ހެއްޔެވެ. ބޭރުގައި ތިބެެން ސައީދުމެން ލީހަޅޭކުގައި ހީވީ ގައުމު ބަނޑަށް ޖެހިގެން ފުރާނަ އަރުއްވައިގަނެގެން ދާހެނެވެ. އޭރަކު އެސަރުކާރުން ލާރިނެތިގެން ކުރަންޖެހޭ ކަމެއް ނުކުރެވިގެން ކުރީ ސަރުކާރެކޭ އާދަމުގެފާނޭ ފަޅޮލެކޭ ނުކިޔައެވެ. ނެގިނެގިފައި ޖެހުނީ ސައީދު މެންނެވެ. 

    ސައީދުމެންގެ ބަހުން އޭރު އޮތީ ދަރާވިކި ހިރިނުލެވިފައި އޮތް ސަރުކާރެކެވެ. އެވަރުގެ ސަރުކާރަކާ ހަވާލު ނުވެވިގެން ތެޅިބޭލީ ސައީދުމެންނެވެ. ހެއްދެވިހާ ދޮގު ހަދައިގެން ޖަލުގައި އޮތް މީހެއްގެ ފޮޓޯ ގަނޑު ދައްކައިގެން ރައްޔިތުންނަށް ވަގާ ދޮގާ މަކަރު ހަދައިގެން ހުސްގޮނޑިއަކަށް ވެރިކަން ހޯދާފާ ހޮޅި ސަރުކާރެއް ހިންގަން ސައީދުމެން ހަވާލުވެފައި ދުފާތައްޓަށް ފައިން އެރުނީމާ ހަތަރެކޭ ނުކިޔާ އިސްތިއުފާ ދީފާ ގެއަށް ކަނޑާލާށެވެ. 

    ]]>
    Wed, 24 Jan 2024 17:40:30 +0500 ނިއުސް ޑެސްކް
    ދިރާސާކުރާ ޗައިނާ އުޅަދު އަންނަނީ މުއިއްޒު ފައިހިއްޕަދޭންތަ! https://heerasnews.com/2212 https://heerasnews.com/2212 އިންޑޮނޭޝިއާ ބޭރުގައި އޮތް ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދެއް ކުރޫއިން ބަދަލު ކުރުމާއި ސްޓޮކް އައުކުރުމަށް ރާއްޖެ އަންނާތީ ހައިރާނެއް ނުވެއެވެ. ކުރޫއިން ބަދަލު ކުރުމާއި ސްޓޮކް އައުކުރުމަށް އިންޑްނޭޝިއާއަށް ވުރެ ހިދުމަތާއި ވަސީލަތުގެ ގޮތުން މާކުރީގައި ރާއްޖެ އޮތީމާ ވާނީ އެހެންތާއެވެ. އިންޑޮނޭޝިއާ ބޭރުގައި އޮވެފައި އެ ބޭނުމަށް ޗައިނާއަށް ދިޔުމަށްވުރެ މާދިގު ދަތުރެއް ކޮއްގެން ރާއްޖެ އައުން އެ މީހުނަށް ފަސޭހައީތާއެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. ޒަމީރެއް ކަމަކު ތަންކޮޅެއް ތާހިރު އެއްޗެއް ބުނިނަމަ މީހުން ގަބޫލުކޮށް ފާނެއެވެ. ހަމަ ތެދެކެވެ. އިންޑޮނޭޝިއާ ބޭރުގައި އޮތް ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކް އައުކުރާކަށް ނޫނެވެ. ދިރާސާކުރާ ޗައިނާ އުޅަދު ރާއްޖެ އަންނަނީ މުއިއްޒު ފައިހިއްޕައިދޭނޭ މީހަކު ނެތިގެން މުއިއްޒު ފައިހިއްޕައި ދޭށޭ ބުންޏަސް މާ ތާހިރުވާނެއެވެ.

    ވާނުވާ ނޭނގިގެނެއް އެކަކުވެސް ނޫޅެއެވެ. ހަގީގަތަކީ މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުނީއްސުރެ ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދު ރާއްޖެއަށް އޮތީ މިސްރާބު ޖަހާފައެވެ. ރާއްޖެއަށް އެއުޅަނދު ނުވަދެ މަޑުކުރަމުން ދިޔައީ އެކަމުގެ ވަގުތު ޖެހެންދެނެވެ. މިހާރު މިއޮތީ އެވަގުތު ޖެހިފައެވެ. ވަގުތު ޖެހުމުން އެ އަންނަނީއެވެ. 

    ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އިންޑިއާ ކަނޑުގެ ބާރުވެރިކަން ހޯދުމަށް އިންޑިއާ އާއި ޗައިނާއަކީ ޒަމާނުއްސުރެ ވާދަވެރި ދެގައުމު ކަމެވެ. އިންޑިއާ ކަނޑާ އައްސޭރި ފަށުން ގުޅިފައިވާ ކޮންމެ ގައުމަކީވެސް އެ ދެގައުމަށް ވަރަށް މުހިންމު ގައުމެކެވެ. އިންޑިއާ ކަނޑު ހިއްސާކުރާ ގައުމު ތަކުގެ ކޮންޓްރޯލު ވެވުނު ގޮތަކުން ނެގޭތޯ ވީހާވެސް ބޮޑަކަށް މަސައްކަތް ކުރުމަކީ ޗައިނާއާއި އިންޑިއާ އަބަދުވެސް ކުރަމުންދާ ކަމެކެވެ. 

    އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ތަނުގެ ގޮތުން ރާއްޖެއަށް އިންޑިއާއި ޗައިނާގެ ކަޅި އަބަދުވެސް އޮންނަނީ ހުއްޓިފައެވެ. އަވައްޓެރިކަމާއި ގާތްކަމުގެ ގޮތުން އެވޭލާ ޒަމާނުއްސުރެ ރާއްޖެއާއި އިންޑިއާ އޮންނަނީ ގުޅިލާމެހިފައެވެ. އެގޮތުން އަބަދުވެސް ރާއްޖޭގެ އެންމެ ބޮޑު މަދަދު ގާރެއްގެ ގޮތުގައި އޮންނަނީ އިންޑިއާއެވެ. އެހެނެކޭ ކިޔާފައި ރާއްޖޭގެ މިނިވަންކަން ނިގުޅައިގަތުމަށް އެއްވެސް އިރެއްގައި އިންޑިއާ މަސައްކަތް ކޮށްފައެއް ނެތެވެ. ކުރަން އުޅުނުނަމަ އެއީ އެމީހުނަށް ނުވާވަރުގެ ކަމެއް ނޫންކަމަށް ބެލެވެއެވެ. އިންޑިއާ އާއިއެކު ރާއްޖެ ކިތަންމެ ގާތް ގުޅުމެއް އޮތަސް ޗައިނާއާއި ރާއްޖެއާއި ދެމެދުވެސް ރަނގަޅު އެހީތެރި ގުޅުމެއް އަބަދުވެސް އޮވެއެވެ. 

    އެހެން އެކަން އޮތް އިރު ރާއްޖޭގެ މުޅި ތާރީހުގައި ވެސް ޑރ. މުއިއްޒުގެ ވެރިކަމުގައި ނޫނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވީ ޒަމާނެއް ނާދެއެވެ. މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ އެންމެ ފުރަތަމަ ކުރި އެއްކަމަކީ އިއްޑިއާ އާއި ރާއްޖެ ދެމެދު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އައުނުކުރާން ނިންމުމެވެ. ކަނޑު ދިރާސާ ކުރުމުގެ އެއްބަސްވުން އައު ނުކުރާން ނިންމީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެއެވެ. 

    އިންޑިއާ އާއި އެކުވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އައުނުކުރާން ރާއްޖޭން ނިންމުމާއެކު ދެން ފެނުނީ ޗައިނާގެ ދައުވަތަކަށް ދިވެހި ދައުލަތް އެއްކޮށް ޗައިނާއަށް ދިޔަތަނެވެ. ފުލުފުލުގައި ވިހިތިރީސް އެއްބަސްވުމުގައި ޗައިނާ އާއި އެކު ރާއްޖޭން ސޮއިކުރި ތަނެވެ. ޗައިނާއާއި ރާއްޖެއާއި ދެމެދު ވެވުނު އެތައް އެއްބަސް ވުމެއްގެ މައުލޫމާތު ދެ ސަރުކާރުން ވެސް ވަނީ ސިއްރު ކޮށްފައެވެ. ފޮރުވިފައި ފަހަތުގައިވަނީ ކޮންކަމެއް ކަމެއް ނޭގެއެވެ.

    ޗައިނާއަށް ދިވެހި ވެރިން ކުރި ދަތުރުގައި ރާއްޖޭގެ ދިފާއީ ވަޒީރު ގައްސާނު މައުމޫނު ވެސް އެއްބަސް ވުންތަކެއްގައި ސޮއިކުރެއްވިކަން އެގެއެވެ. ދިފާއީ ވަޒީރު ސޮއި ކުރައްވާނީ ދިފާއާއި ގުޅުންހުރި ކަންތައް ތަކެއްގެ މައްޗަށް ވެވޭ އެއްބަސްވުމެއްގައިކަން ނެނގޭނެ މީހަކު ނުހުންނާނެއެވެ. 

    އިންޑިއާއަށް ޗައިނައިން ފާރަވެރިވުމަށް ހދ. މަކުނުދޫގައި ޗައިނާގެ ޖަސޫސީ އަޝްކަރީ މަރުކަޒެއް ބިނާ ކުރުމުގެ އެއްބަސްވުމަކާއި ހައިޑްރޯގްރަޕީ ދިރާސާ ކުރުމުގެ މަސައްކަތް ޗައިނާއިން ކުރުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. މިހެން ބުނުމުން އެކަން ދިވެހި ސަރުކާރުން ދޮގުކުރާނެއެވެ.  

    ރާއްޖޭން އިންޑިއާ އާއި އެކުވެފައިވާ ހައިޑްރަގްރަފީ އެއްބަސް ވުމުގެ މުއްދަތު އިތުރު ނުކުރުމާއި، ޗައިނާއާއި އެކު ރާއްޖޭގެ ދިފާއީ ވަޒީރު އެއްބަސްވުން ތަކެއްގައި ސޮއިކުރުމާއި، ދިފާއީ އެއްބަސްވުން ތަކެއްގައި ރާއްޖޭން ޗައިނާއާއި އެކު ސޮއިކުރި ފަހުން ހުއްދަ ނުލިބިގެން ރާއްޖެ ނުވަދެ މަޑުކޮށްފައި އޮތް ޗައިނާގެ ހައިޑްރޯގްރަފިކް ދިރާސާކުރާ އުޅަނދު ރާއްޖެ ވަނުމަށް ކުއްލިޔަކަށް ހުއްދަ ދިނުމާ މިހުރިއްޔަކީ އިއްތިފާގެއް ނޫނެވެ. 

    ކަނޑު ދިރާސާކުރާ ޗައިނާ އުޅަދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލުކުރުމާއި ސްޓޮކް އައުކުރުމަށް ކަމަށޭ ފޮރިން މިނިސްޓްރީން ބުންޏަސް އެ ވާހަކަ ގަބޫލު ކުރާހާ މީހުން މޮޔައެއް ނޫނެވެ. ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެގެން އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުން އައުނުކޮށް ޗައިނާއަށް ހައިޑްރޯގްރަފީގެ މަސައްކަތް ހަވާލު ކުރުމުން ގައުމީ ސަލާމަތް ކޯދުލާ އަރާނީ ލަންކާގެ ހަންބަން ޓޯޓާ ދަށުލީ ގޮތަށް ނޫން ކަމެއް ނޭނގެއެވެ. 

    ]]>
    Wed, 24 Jan 2024 15:06:14 +0500 ނިއުސް ޑެސްކް
    ރައީސް ޔާމީން މިނިވަންކުރާ މަގުޗާޓް ކުރެހިއްޖެ!؟ https://heerasnews.com/2211 https://heerasnews.com/2211 ދޫވެހިން ކަނޑުއަޑީ ޓަނަލުން ގޮސް ރަސްމާލެއަށް ރައީސް ޔާމީނު މިނިވަންކޮށް ދޫކޮށްލަނީ ތޯއްޗެކެވެ. އެހެންވެއްޖެ ނަމަ، 11 އަހަރުގެ ހުކުމް ހަމަވިޔަސް ރައީސް ޔާމީން ހުންނަވާނީ ބަންދުގައެވެ.

    ދޮގުހެދުމަކީ ވޯޓުން މަޖިލިސް ގޮނޑިތައް ވެސް ކަހާލެވޭނެ ކަމަކީ ތާއެވެ. ބަޔަކު މޮޔައެއް ނުވާނެ ހެެއްޔެވެ؟ ހުވާ ކުރާގޮތަށް މިނިވަން ކުރަން ވައުދުވި ރައީސް ޔާމީނު ބަންދުގައެވެ. ވެރިކަމަށް އަރާ ގޮތަށް ބާލަން ބުނި ހަތިޔާރު އެޅި 2 ހާސް އިންޑިއާ ސިފައިން ވީތަނެއް ނޭނގެއެވެ. ރޯދައަށް ހެޔޮއަގުގައި މުދާކޮޅެއް ގަންނަން ވިޔަފާރި ވެރިޔަކަށް އަދި ބޭރުގައި ހުރި ކިޔަވާ ކުއްޖަކަށް ފޮނުވަން ފަސޭހަ ރަހުމަތަކުން ގަނެވޭނެ ޑޮލަރެއް ބޭންކުގައި ހުރީއެއް ނޫނެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ފަތުއަޑު ކިޔާފައި އުފުލެނީއެވެ.

    ފެންފޮދެއް ވެހިލައިފިއްޔާ ރަށުއެންމެން އުނަގަނޑުތާ ފެނުގައެވެ. ފެން ހިނދިއްޖެއްޔާ މަގުތަކުގައި ބުޅާ ގުޔެވެ. ބާނާ މަސް ކިރުވައެވެ. ދޭނެ ލާރިއެއްނެތި މަސްވެރިންނަށް ސަރުކާރު ދަރައެވެ. މުސާރަ ނުދެވިގެން ކުންފުނިތަކުގައި ތިބި ނިކަމެތި މުވައްޒަފުން ކަނޑާ މަގުމަތި ކުރަނީއެވެ. ބޮޑުބައްޔެއް ވެގެން ފަރުވާއަށް  މާލެ ގެންނަން ޖެހިއްޖެ ނަމަ ފުރާނަ އާ މާތްރަސްކަލާނގެއާ ވަކީލެވެ. ރަށްރަށުގައި ހިންގި މަޝްރޫއުތައް ހުއްޓިފައެވެ. 

    އެކަމަކު ފުންކަމާ ގަދައޮޔާ މޫސުމީ ސިންގާތަކެއް ފަދަ ބިޔަ ރާޅުނަގާ ވާދޫ ކަނޑު އަޑިން ބިއްލޫރި ޓަނަލެއް ދަމާ މާލެއާ ބިޔާދޫ އަތޮޅު ކަނޑު އަޑިން ގުޅާލަން ރައީސް މުއިއްޒު އެއޮއް ވަޢުދުވީއެވެ. ވައިސަރީއެވެ.

    މިހިރައިވޭ ފޮނިބައިސާ ތަކާއި ދޮގު ހުސް ހޮޅި ވައުދު ތަކުގައި ދިވެހިން އޮޔާލާ ގެއްލި ހަލާކުވާން ކުރިމަތީގައި ދެން އޮތީ މިއަވާގައި ޖެހިގެން މަޖިލިސް ވޯޓު ސަރުކާރުން ދައްކާ ކެންޑިޑޭޓުންނަށް ދިނުމެވެ.

    ހަމަ މިހެން ކެއްކި ހިޔާލީ ފޮލައާއި ބުއި ބޮނޑިން ތަލިފިހި އެދިލައިގާ އަނގަ ހުޅުވިފައި ތިއްބާ، އަނެއް އިންތިހާބަށް އަނެއް ތެލިވަރުތައް ކައްކަން ފެށީއެވެ.

    ކުށުގެ ރެކޯރޑްގެ ކެންޑިޑޭޓުން ގިނަވެ ފިތުނަ ފަސާދަ ބޮޑުވެ، އިހުލާސްތެރިކަން ކުޑައޭ ބުނެ ވާދަކުރުން މަނާކުރި މީހުން ނުކުރާ ކުށަށް ރައީސްގެ ހެޔޮފުޅު ކަމުން މެންދުރުފަހު މާފު ދިނީމާ ހާދަހާވާ ރަނގަޅެވެ. ކިޔޭ ނުކިޔޭ އެއް، ހެދޭ ނުހެދޭއެއް އެބަ އެނގޭ ހެއްޔެވެ؟ 

    ރިޔާސީ އިންތިހާބުން މޮޅުވާން ހެދި ދޮގުގިނަވެފައި ބިޔަ ކަމުން މަޖިލިސް އިންތިހާބަށް ހަދާ ތެދުވެސް ދޮގަށްވެ މީހުންތައް ސަރުކާރު ދެކެ ފޫހިވަމުން ދަނީ އަމަށަކު ވަރަކަށް ނޫނެވެ. 

    އެންމެ މޮޅުގޮތެއް ކަމަށް ފެންނަނީ ކެމްޕޭނު ނުކޮށް އަރާމުގައި ތިބެ މިހާރު ތިޔަ ހަދާ ގޮތަށް ހޮވުނީމާ ހޮވޭ މީހާ ގަންނާނީއެވެ. އޭރުން ކުރަންޖެހޭ މަސައްކަތް ކުޑަވެ ހައްޓަށް ލުއިވެ ހިނގާ ހަރަދު ވެސް ކުޑަވާނެއެވެ.

    ]]>
    Wed, 24 Jan 2024 11:25:09 +0500 ނިއުސް ޑެސްކް
    މޭޔަރ މުއިއްޒާއި ރައީސް މުއިއްޒުގެ ބާރުބެހުން https://heerasnews.com/2210 https://heerasnews.com/2210 ލަދު ހަޔާތުގެ ކަންފުޅެއްވެސް މުއިއްޒު ގައިގާ ހަމަ ނެތީއެވެ. ވެރިކަން ޖަހައިގަތީ ދަރިމައި ކުކުޅެއްގެ ކައިރިން މިނިކާ ބާޒެއް ފިޔޮއް ޖަހައިގަންނަހެނެވެ. ދެ ޕާޓީ ފުޅިއްސާލީ ރާމާމަކުނު ބޯކިބާ ބަހާގޮތަށެވެ. ސަރުކާރަށް ވަޒީރުން ފުނި ޖަހަނީ ބަޑިތަކުރަށް އަލަފަތް އައިހެންނެވެ. މިހެން ކިޔާފައި ނުކިޔާނެ ކަމެއް ނެތެވެ. ކޮންމެ ކަމެއް އޭނާ އެ ދުއްވާލަނީ ކާމަސްތުރަ ޝެއިހަށް ނަހަލާލު ދަރި ލައްވާ ގޮތަށެވެ. 

    ސިޓީ ކައުންސިލް މޭޔަރަކަށް ހުރިއިރު އެއްވެސް ކަމެއް ކުރީގެ ސަރުކާރުން ކުރިޔަ ނުދިން ކަމަށް މުއިއްޒު ނިކަން ބާރަށް ބުނެއެވެ. ލާމަރުކަޒީ ނިޒާމް ވަރަށް ރަނގަޅަށް ހިނގަން ޖެހޭނެ ކަމަށް ވެސް އޭނާ ބުނެއެވެ. ރައްޔިތުންނަށް ހީވާގި ކަމާއެކު ހިދުމަތް ކުރީމާ ރައްޔިތުން ވަރަށް ލޯބިވާނެ ކަމަށް ވެސް ބުނެއެވެ.

    މުއިއްޒު މޭޔަރަކަށް ހުރިއިރު މާލޭ މާރުކޭޓާއި ޕާރކިން ރޭމްޕްތައް އެޅުމާއި މަގުތަކުގެ ފެންވަރު ރަނގަޅު ކުރަން އެެއްވެސް ކަމެއް ސިޓީ ކައުންސިލުން އޭރު ކުރިޔަ ނުދިން ކަމަށް އަޑަށް ބާރުލާފައި މުއިއްޒު ބުންޏެވެ. ސިޓީ ކައުންސިލުން އަމީނީ މަގު ހަދަން އުޅުނީމާ އެކަން ކުރިޔަ ނުދީ އާރުޑީސީއަށް ހަވާލުކުރި ކަމަށްވެސް ބުންޏެވެ. މުއިއްޒު މޭޔަރު ކަމުގައި މާލޭ މަޖީދީމަގު ހެދިލެއް ރަނގަޅުކަމުން މަތިމަތިން ކެރިކޮޅެއް ބުރުއްސާލިޔަސް މުޅި މަގު އޮންނަނީ ސްވިމިންގ ޕޫލަކަށް ވެފައެވެ. ރަސްފަންނު އަބަދު އޮންނަނީ މުއިއްޒުވެފައެވެ. މާލޭ ދެކުނު ފަރާތުން ހެދި މުއިއްޒު ނެރުވީ އުޅަނދު ފަހަރު ފުޑާ މެޝިނަކަށެވެ. އާސަހަރާ އޮތީ ކެންޕޭނު ފައިސާ ބޮކިޖަހާ އަރާ ސިހުރު ބިމަކަށް ހަދާފައެވެ.

    އެތައް މިލިޔަން ރުފިޔާ ހޭދަކޮށްގެން ބައި އަޅައިގެން ކަދުރު ރުއްތަކެއް އެތެރެކޮށް މާލޭ ރިންގ ރޯޑް އަރިމަތީ އިންދައިގެން ބިޔަވެގެންވާ ކޮރަޕްޝަނެއް ހިންގާލީއެވެ. އިންދިހާ ޖާދޫގެ ކަދުރު ރުއްތަކަށް ލޮނުއަރައިގެން މަރުވާތީ ކިޔެވެލި ފެންޖެހީ ރިޔާސީ އިންތިހާބުގެ ނަތީޖާ ލިބެންދެނެވެ. އެމްޓީސީސީން ބަހުގެ ހިދުމަތް ދޭންފެށުމުން ވިލިގިލީގައި ބަހުގެ ހިދުމަތްދޭނީ ސިޓީ ކައުންސިލުންނޭ ބުނެފައި އެތައް މިލިޔަން ރުފިޔާ ބައި އަޅައިގެން ހަރަދުކޮށް ބަސްތަކެއް އެތެރެކޮށް ހަމަސްދުވަސް ނުވެ އެހުރިހާ ބަހެއް ބާދަގަނޑަށް ހަދާލީއެވެ.

    މިއީ އަދި ކުޑަ މިންވަރެކެވެ. މިހުރިއްޔަކީ ނުބަލާ ދޫކޮށްލާ ވަރުގެ ކަންކަމެއް ނޫނެވެ. ރަނގަޅަށް ބަލައިފިއްޔާ އަތްކަނޑާ ވަރުގެ ބޮޑެތި ވައްކަމެވެ. ހިޔާނާތެވެ. މާލޭ މޭޔަރުކަމުގައި މުއިއްޒު ހުރެ ކުރިހާވެސް ކަމަކީ ވެރިކަން ހޯދަން ސިހުރު ހެދުމެވެ. މަގާމުގައި ހުރެ މާލޭ ރައްޔިތުންނަށް ހިދުމަތް ކުރީ އަމާކީތީ ފަރަށް ދާހެނެވެ.  

    މޭޔަރު ކަމުން ރައީސް ކަމަށް ބަދަލުވެ މާލޭ ރައްޔިތުން އައު މޭޔަރަކު ހޮވާ އޭނާ ހުވާ ނުކުރަނީސް މާލެ ސިޓީގެ ބޮޑެތި ހުރިހާ ކަމެއް މުއިއްޒު އަންބޮނޑިއަށް ޖަހާލައިފިއެވެ. މޭޔަރުކަމުގައި ހުރި އިރު ސިޓީ ކައުންސިލަށް ނުދީގެން އުޅުނު ހުރިހާ ބާރުތަކެއް ކައުންސިލުން ނަގާ ރައީސް މުއިއްޒު އަތަށް ކަހާލީއެވެ. އެއްކަލަ މާލޭ މާރުކޭޓަކީ މީހާރަކު ސިޓީ ކައުންސިލާ ބެހުމެއް އޮތް ތަނަކަށް ނުވެއެވެ. ޕާކިން ރޭމްޕް ތަކުގެ މަސައްކަތަކީ ވެސް ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމަކަށް މިހާރަކު ނުވެއެވެ. ސިޓީކައުންސިލަށް އޮތީ ބުޅާ ބެލެހެއްޓުމާއި މަގުތަކުގައި ފެން ބޮޑުވިޔަ ނުދިނުމާއި ވިހާ މަރުވާ ބެލެހެއްޓުމެވެ. ލާމަރުކަޒީ ބާރުތައް މުއިއްޒު މާލެ ސިޓީ ކައުންސިލަށް ދޫކޮށްލާ ގޮތް ކިހާ ސަޅިހެއްޔެވެ. 

    ހުޅުމާލޭގެ ހުރިހާ ބާރުތަކެއް ސިޓީ ކައުންސިލަށް ދޭންބުނެ އުވާލަންބުނި އާބަންކޯ ނަން ބަދަލުކޮށް އެޗްޑީސީ އަލުން އުފަންކޮށް އެތަން ހިންގަން މިނިސްޓަރ ފެންވަރުގައި އެމްޑީ އައްޔަނުކޮށްގެން އިހުނަށްވުރެ ހުޅުމާލޭގެ މައްޗަށް ގަދަވެގަތީ މަގުކުނިކެހުން ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ. ސިޓީކައުންސިލަށް ހުޅުމާލެ ދިނީ މޮހަނަށް ދޯނި ދޭހެނެވެ. 

    މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ގޮތަކާ ދޭނެ ތަނެއް އެނގެނީވެސް މުއިއްޒަށެވެ. ކުޑަ މިނުން ހިޔާވަހިކަން ނުލިބި ބިކަވެފާ ތިބި މީހުން ބޭނުން ވަނީ ކޮންގޮތެއްތޯ ވެސް ބަލާނުލައެވެ. އެއަށްވުރެ މުއިއްޒަށް މާ އެނގެއެވެ. ހިޔާވަހި ކަމުގެ މަޝްރޫއުތައް މަޑުނުޖެހި ހިނގާ ކަމަށް ބުނެ ބުހުތާން ދޮގު ރީތި ރާގު ރާގަށް ހައްދަނީ ގުރުއާން ހިތުދަސް އެޔެއް މިޔެއް ނޭނގޭ ވަލުބުޑު ނުކެނޑޭ ޅަ ދަރިއަކުލައްވައެވެ. އެ ސޮރު ދޮގެއް ނުހަދާނެއެވެ. ދެންވީ އެންމެން ބާރަށް އަތްޖަހާށެވެ.  

    މުއިއްޒުގެ ގޮށްމުށުގެ ވެރިކަން ހިންގުމަށްޓަކާ މާލެ ސިޓީ ކައުންސިލް އޮތީ ހިސޯރު ކޮށްފައެވެ. މިނިސްޓްރީއެއް ހަދައިގެން އެލްޖީއޭއާއި ކައުންސިލްތަކުގެ ގާނޫނީ ބާރު ކަނޑުވާލާ މުޅި ލާމަރުކަޒީ ނިޒާމް މުއިއްޒުގެ ގޮނޑި ކޮއްކޮއަކަށް ބަދަލުކޮށްފިއެވެ. ދަތްދޮޅި ވަޒީރު ތުބުން ވެއްޓޭ ބަތްފުކެއް ނޫނީ ކައުންސިލަރުންނަށް ނުލިބޭ ވަރަށް ކައުންސިލަރުން ބަނދެލައިފިއެވެ. އަމްދުން ލަދުހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް އެހެން ޕާޓީ އެއްގެ ޓިކެޓްގައި ހޮވިގެން ހުވާކޮށް ގޮނޑީގައި ނީށީދެވެނީސް ރިޝްވަތު ދީގެން ބައިބޮޑު ކުރާކަށް ކައުންސިލަރަކު ނުގަންނާނެއެވެ.

    ]]>
    Tue, 23 Jan 2024 20:31:49 +0500 ނިއުސް ޑެސްކް
    ދުނިޔޭގެ ފުރަތަމަ އަންޑަވޯޓަރ ޓަނަލް: ތޭމްސް ޓަނަލް https://heerasnews.com/2209 https://heerasnews.com/2209 ދުނިޔޭގައި އަންޑަރވޯޓަރ ޓަނަލް އަޅާތާ ކޮން ޒަމާނެއް ހެއްޔެވެ. މާލޭން ފުށިދިއްގަރުފަޅަށް ޑރ. މުއިއްޒު އަޅަން ހިޔާލީ ފޮލާކައްކާ އަންޑަރވޯޓަރ ޓަނަލް ދުނިޔޭގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލަށް ވާގޮތެއް ވިސްނާ ވިސްނާވެސް ނޭގުނެވެ. މުއިއްޒު އަޅަން މިއުޅެނީ ކޮން ދުނިޔެއެއްގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލެއް ހެއްޔެވެ. އަނގައެއް އޮތީމާ އަނގަތަޅައި ގަންނައިރު ތިމާ ނޫން މީހުންވެސް އެބައުޅޭކަން ނޭނގޭ ވަރަށް ޑރ. މުއިއްޒު މޮޔަވީ ހެއްޔެވެ.

    ދުނިޔޭގައި އަންޑަރ ވޯޓަރ ޓަނަލެއް އެންމެ ފުރަތަމަ ބިނާކުރީ 19 ވަނަ ގަރުނުގެ ފަހު ކޮޅުގައެވެ. 1825 އާއި 1843 އާ ދެމެދުގައެވެ. ދުނިޔޭގައި ބިނާކުރި ފުރަތަމަ އަންޑަރވޯޓަރ ޓަނަލަކީ ތޭމްސް ޓަނަލެވެ. ތޭމްސް ޓަނަލް ބިނާ ކުރެވުނީ ލަންޑަނުގެ އިރުމަތިފަރާތުގެ ނިމޭހިސާބުގައި އޮންނަ ރޮތަރހައިތު އާއި ވަޕިންގް އާއި ދޭތެރޭގައި އޮންނަ ތޭމްސް ކޯރުގައެވެ. 

    ތޭމްސް ޓަނަލް

    ތޭމްސް ޓަނަލުގެ ފަހުން ދުނިޔޭގެ އެތަން މިތާ 200އަށް ވުރެ ގިނަ އަންޑަރވޯޓަރ ޓަނަލްތައް ބިނާކޮށްފައިވެއެވެ. ދުނިޔޭގައި އޮތް އެންމެ ދިގު އަންޑަރ ވޯޓަރ ޓަނަލަކީ ޖަޕާނުގެ ސެއިކަން ޓަނަލެވެ. އެ ޓަނަލް އޮންނަނީ ޖަޕާނުގެ ހޮންޝޫ އިންފެށިގެން ހޮކައިޑޯގެ އެންމެ އުތުރު ރަށަށެވެ. ސެއިކަން ޓެނަލްގައި 53.85 ކިލޯ މީޓަރ ހުރެއެވެ. އެއީ 33.46 މޭލެވެ. ސެއިކަން ޓަނަލަކީ ދުނިޔޭގައި ދެވަނައަށް އެންމެ އަޑިގައި ބިނާކުރެވިފައިވާ ޓަނަލެވެ. 1988 ވަނައަހަރު ހުޅުވި ސެއިކަން ޓަނަލްގެ އަގަކީ 7 ބިލިޔަން އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއން ނަމަ އެއީ 107.94 ބިލިއަން ދިވެހި ރުފިޔާއެވެ.

    ޖަޕާނުގެ ސެއިކަން ޓަނަލް

    ދުނިޔޭގައި އޮތް އެންމެކުރު އަންޑަރވޯޓަރ ޓަނަލަކީ 2002 ވަނަ އަހަރު ނެދަރލޭންޑްގައި ހުޅުވި ވެލުމީރު އެކޯޑަކްޓް ޓަނަލެވެ. ވެލުމީރު އެކޯޑަކްޓް ޓަނަލްގެ ދިގުމިނަކީ އެންމެ 78 ފޫޓެވެ. ވެލުމީރު އެކޯޑަކްޓް ޓަނަލް ގާއިމުކޮށްފައި ވަނީ ވެލުމީރު ކޯރު ހުރަސްކުރާ ބުރިޖުގެ އެއްފަރާތުން އަނެއް ފަރާތަށް ކޯރުން ދަތުރުކުރާ ލޯންޗް ފަހަރު ދުއްވޭގޮތަށް ފެނުއަޑިން ބުރިޖުގެ ދެބައި ގުޅުވާ ލުމަށެވެ. ވެލުމީރު އެކޯޑަކްޓް ޓަނަލްގެ އަގަކީ 45 މިލިއަން ޕައުންޑެވެ. 882.45 މިލިއަން ދިވެހި ރުފިޔާއެވެ.

    ވެލުމީރު އެކޯޑަކްޓް ޓަނަލް

    ދުނިޔޭގެ އެކި ގައުމުތަކުގައި 200 ވަރަކަށް އަންޑަރވޯޓަރ ޓަނަލް އޮތްއިރު ޓްރިލިއަނުން ގައުމީ ރިޒާވް ނުގުނާ އެއްވެސް ގައުމެއްގައި އަންޑަރވޯޓަރ ޓަނަލެއް ބިނާކޮށްފައެއް ނެތެވެ. ޖަޕާނާއި އިނގިރޭސި ވިލާތާއި ނޯވޭއާއި ނެދަރލޭންޑް ފަދަ ގައުމު ތަކުގައި ކުރާހާ ކަމެއް އާބާދީގައި ބައި މިލިޔަން ނޫޅޭ ދިވެހި ރާއްޖޭން ކުރަން އުޅުމަކީ ވެރިމީހާ ބޮލަށް ފިތިފައި ހުރިވަރު ރަމްޒު ކޮށްދޭ ކަމެކެވެ. 

    ދުނިޔޭގައި އަންޑަވޯޓަރ ޓަނަލްތައް އަޅާފައި ހުރީ ސަމާސާ ގައުމު ތަކަކު ނޫނެވެ. 2023 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައިވެސް އަންޑަރވޯޓަރ ޓަނަލެއް ހުޅުވާފައި އެބަ އޮތެވެ. އިންޑިއާގައި އޮތް އެއްޗަކަށް އެއްޗެއް ރާއްޖޭގައިވެސް އޮންނަންވާނެއެވެ. އިނޑިއާގައި އޮތް އަންޑަރ ވޯޓަރ ޓެނަލްގެ ދިގުމިނަކީ 10.8 ކިލޯ މީޓަރެވެ. އެޓެނަލް ބިނާ ކުރުމަށްވެސް 120 ކްރޯޑް އިންޑިއާ ރުޕީސް ހަރަދުވިއެވެ. 

    މުންބާއީ ޓަނަލް

    ދުނިޔޭގައި އަޅާފައިވާ ގިނަ ޓަނަލްތައް އަޅާފައިވަނީ ކޯރުތަކުގައެވެ. ކަނޑު ހުރަސްކޮށް އަޅާފައިވަނީ ނިސްބަތުން މަދު ޓަނަލެކެވެ. ކަނޑު ހުރަސްކޮށް އަޅާފައިވާ އެންމެ މަޝްހޫރު ޓަލަކީ ޔޫރަޕް ބައްރާއި އިނގިރޭސި ވިލާތް ގުޅާލާ ޗެނަލް ޓަނަލްއެވެ. ކަނޑު އަޑިން ޗެނަލް ޓަނަލް އަޅާފައިވަނީ އިންގްލިޝް ޗެނަލް ހުރަސް ކޮށެވެ. ޗެނަލް ޓަނަލްގެ ދިގުމިނުގައި 50.46 ކިލޯ މީޓަރ ހުރެއެވެ. 1988ގައި ފެށި މަސައްކތް ނިންމުނީ 1994ގައެވެ. ޗެނަލް ޓަނަލަށް 21.8 ބިލިޔަން ޕައުންޑާ އެއްވަރު އަދަދެއް ހަރަދުވެފައިވެއެވެ. ދިވެހި ރުފިޔާގެ ނިސްބަތުން އެއީ 421.4 ބިލިއަން ރުފިޔާއެވެ.

    ޗެނަލް ޓަނަލް

    ދުނިޔޭގެ އެންމެ ދިގު ޓަނަލް އޮތީ ޖަޕާނުގައެވެ. ޓެކްނޮލޮޖީއާއި ހުނަރާއި މަސައްކަތުގެ ގޮތުން އެންމެ ކުރިއަރާފައިވާ ޖަޕާނުގައި 53.85 ކިލޯ މީޓަރުގެ ޓަނަލެއް ބިނާކުރަން 7 ބިލިޔަން އެމެރިކާ ޑޮލަރު 1988 ވަނަ އަހަރު ހޭދަކުރިއެވެ. އިގިރޭސި ވިލާތާއި މުޅި ޔޫރަޕްހެން ގުޅިގެން ބިނާކުރި ޗެނަލް ޓަނަލަށް 421 ބިލިއަނަށް ވުރެ ބޮޑު ހޭދައެއް ހިގާފައިވާއިރު ފުށިދިއްގަރުފަޅާއި މާލެއާއި ދޭތެޜޭ މާ ކަނޑުގައި 14 ކިލޯ މީޓަރުގެ ޓަނަލެއް އަޅަން 100 ބިލިއަން ރުފިޔާއަށް ވުރެ އެންމެ ސެންޓެއްވެސް އަގު ހެވެއް ނުވާނެއެވެ. ޓެކްނޮލޮޖީއެއް ފަންނީ ހުނަރެއް ވަސީލަތެއް މޭންޕަވަރއެއް ނެތް ރާއްޖެ ކަހަލަ ގައުމަކަށް ފުން ކަނޑުގައި 14 ކިލޯ މީޓަރުގެ ޓަނަލެއް އަޅަން މި ޒަމާނުގައި 7 ބިލިޔަން ޑޮލަރ ހަރަދުނުކޮށް ސަލާމަތް ވިއްޔާ މުޅި ހުވަދޫ ކަނޑުގައި ބޯފޮޅި އަޅާނަމެވެ.

    ]]>
    Tue, 23 Jan 2024 16:38:36 +0500 ނިއުސް ޑެސްކް
    މާލޭ މީހުނަށް ގޯތިތައް ނުދޭންޖަހާ ޗައްކަރު: އަންޑަރވޯޓަރ ޓަނަލް https://heerasnews.com/2208 https://heerasnews.com/2208 ދުނިޔޭގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލް ފުށިދިއްގަރުފަޅާއި މާލެއާއި ދޭތެރޭ ޑރ. މުއިއްޒު އަޅާއިރު އޭގެ ކުރިން ދުނިޔޭގައި އަޅަފައި އެހުރިއްޔަކީ އަންޑަވޯޓަރ ޓަނަލެއް ނޫންތާއެވެ. ކޮންމެ ކަހަލަ ޓަނަލަކަށް ތިޔަ ޓަނަލެއް ވިޔަސް ވަރިހަމައެވެ. ތިޔަ ޓަނަލެއްގެ ވާހަކަ މުއިއްޒު އެދެއްކީ ފުށިދިއްގަރާ މާލެއާއި ދޭތެރޭގައި ބްރިޖް ނޭޅޭނެ ވާހަކަ މާލޭ މޭޔަރ އާދަމް އާޒިމް މާގިނައެއްކޮށް ދައްކަވާތީއެވެ. 

    ގިރާވަރުފަޅާއި އުުތުރުތިލަފަޅާއި ގުޅީފަޅާއި ހުޅުމާލޭ ފޭސް ތިނެއް އަވަހަށް ނިންމާ އެތަންތާ މާލޭ މީހުން އަވަހަށް އާބާދު ކުރަން މޭޔަރ އާޒިމް އުޅޭވަރުން އެކަން ނުކުރުމުގެ ހުއްޖަތެއްގެ ގޮތުން އަންޑަވޯޓަރ ޓަނަލުގެ ވާހަކަ މުއިއްޒު އުފަން ކުރީއެވެ.

    މޫނަށް ރުލެއްވެސް އަރުވާނުލާ މުއިއްޒު ދައްކާލި މޮޅުވާހަކަ ނިކަން ދެކިބަލާށެވެ. "މުޅި ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާއިމް ކުރެވޭ އަންޑަރ ވޯޓާ ޓަނަލް މާލެ އިން ރަސްމާލެއިން ގުޅުވާލުމުގެ މަސައްކަތް، އެ ޓަނަލް ވެގެން ދާނީ، އެ ޓަނަލްގައި ޓްރެއިންގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލްއަކަށް،" ވާހަކަ ކިހާ މޮޅުހެއްޔެވެ.

    ރަސްމާލޭ ޓަނަލް ވާނީ ކަނޑު ހިނގާ މަސްމަހާ މެއްސާއި ހަނގާ ކުރަމުން ފެނުޕަރީންނާއި ހިތާވަމުން ކަނޑު ރަސްގެފާނުގެ ދަރުބާރުގައި ރަންނަމާރީން ޅަނބާޅަ ގުރުބާނީތައް ކުރެވޭ މަންޒަރު ލޮލުންދެކެ އަތުން ހިފާލަން ލިބޭ ބޮޑު ނިއުމަތަކަށެވެ. އަންޑަރވޯޓަރ ޓަނަލް އެޅެންދެން މާލޭ މީހުން ގޯތީގެ ވާހަކަ ނުދައްކާ އަތްޖަހަން ތިބޭށެވެ. ކޮން ގުޅިފަޅެއް ގިރާވަރުފަޅެއްގެ ވާހަކައެއް ހެއްޔެވެ. ބުރިޖަކަށްވުރެ އަންޑަރވޯޓަރ ޓަނަލަކުން ދެވޭލެއް މާފުރިހަމަ ވާނެއެވެ.

    އަންޑަރވޯޓަރ ޓަނަލުން ދަތުރު ކުރާ ހިތުން ޓަނަލް އެޅެންދެން މާލޭ މީހުން ގޯތީގެ ވާހަކަ ނުދައްކާ ތިބެންވީއެވެ. އަންޑަރވޯޓަރ ޓަލަކުން ރަސްމާލެ ގުޅެގުޅެ އޮއްވާ ބްރިޖަކުން ގުޅައިގެން ގިރާވަރުފަޅާއި އުތުރުތިލަފަޅާއި ގުޅީފަޅާއި ހުޅުމާލޭ ފޭސް 3 ގައި ދިރިއުޅެން ދާނީ ކާކުހެއްޔެވެ.

    މާލޭ މީހުނަށް ދީފައިވާ ގޯތިތައް ނުދޭން މުއިއްޒު ޖެހި ޗައްކަރު ކިހާމޮޅު ހެއްޔެވެ. މިހާވަރުން ދަންޏާ ހުރިހާ ދިވެހިނަށް މާރސްގައި ދިރިއުޅެވޭ ގޮތްވެސް މުއިއްޒު ހަދާދީފާނެއެވެ. މަރުނެތް ގުޅިން ދިވެހިންނަށް މުއިއްޒު ފެން ނުދީފިއްޔާ ކިތަންމެ ހާވެސް ރަގަޅެވެ. 

    ]]>
    Tue, 23 Jan 2024 12:06:23 +0500 ނިއުސް ޑެސްކް
    ބަޖެޓުން ޕާޓީތަކަށްދޭ ފައިސާއިން 18 މިލިއަންވެސް ފޭރިގަތީ!؟ https://heerasnews.com/2206 https://heerasnews.com/2206 މަކަރާ ހީލަތުން ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ވެސް މުއިއްޒު ފޭރިގަތީ ހެއްޔެވެ. ވެރިކަމަށް އައި އިރު ތިންހާސް ހަމަނުވާ ޕީއެންސީއަށް 8 މިލިޔަން ސަރުކާރު ބަޖެޓުން ދަމައިގަތީ ރޯމާ ދުވަލު އެންމެންގެ ލޯމަތީގައެވެ. ރައީސް ޔާމީނުގެ ޕީޕީއެމް ފޭރިގަނެގެން އެޕާޓީއަށް ލިބުނު 10 މިލިޔަންވެސް ކަޅާކޮށްލީއެވެ. 

    މުއުޖިޒާތެއް ފަދައިން އަހަރު ނިމުނު ޕްރޮގްރަސިވް ކޯލިޝަނުގައި 64000 މެންބަރުން ހަމަކޮށްލައިފިއެވެ. މެންބަރުން ވަގަށް ނެގީ ކޮންތާކުން ކިހިނެއް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މުއިއްޒުގެ ވެރިކަމާ ރުހިގެން އެވެރިކަން ނަގަހައްޓަން ބޭނުންވާ މަދުބަޔަކު ނޫނީ ރާއްޖޭގައި ނެތްކަމެވެ.

    ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްޓަކައި ވެރިކަން ކުރާ ޕާޓީގެ ޓިކެޓަށް ދަހި ލަވައިގެން ދާއިރާތަކުން މެންބަރުން ތަކެއް ވަގަށް ވައްދައިގެން ޓިކެޓާ ހިފާތަން އެބަ ފެނޭ ނޫން ހެއްޔެވެ. މެންބަރުން ކޯނި ކޯންޏަށް ކެކިއަރަނީ އެހެން ވެގެން ނޫން ހެއްޔެވެ.

    އަނެއްކާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ބަޖެޓުން ފައިސާތައް މުއިއްޒު އުނގަށް އޮއްސާމިލީ އެއްވެސް ބެލުމެއް ކަމެއް ނެތިއެވެ. މީގެ ކުރީން ބަޖެޓުން ޕާޓީތަކަށް ލިބެންޖެހޭ ފައިސާ ޕާޓީތަކަށް ލިބެނީ މަރަށް ފުރާނައަށް ޕާޓީތަކުން އެތައް މަސައްކަތް ކޮށްގެންނެވެ. އަހަރު ނިމޭއިރުވެސް ފައިސާކޮޅު ދެވޭ ކަމަކަށް އިލެކްޝަނަކުން ނުހަދައެވެ. އެކަމަކު މިފަހަރު ނިކަން ބަލައިބަލާށެވެ. ފައިސާ ދޫކުރަން އިލެކްޝަން ކިހާ ފަރިތަ ހެއްޔެވެ.

    ޕީއެންސީއަށް 28000 މެންބަރުން ކުއްލިއަކަށް އިތުރުވެގެން ދިޔަ ގޮތެއް ބަލާލުމެއް ނެތި އިލެކްޝަނުން ބޭނުންވީ މުއިއްޒު ބޭނުންވާ ގޮތަށް އަންނަ ރައްޔިތުންގެ މަޖިލިސް މުއިއްޒަށް ހޯދާ ދިނުމަށެވެ. އެކަމުގެ ސާފު ހެކި ފެނިގެން މިދިޔައީ ދައުލަތުގެ ބަޖެޓުން 18 މިލިޔަން ރުފިޔާ އެއްވެސް ބެލުމެއް ނެތި މުއިއްޒަށް ދޫކޮށް ދިނީމައެވެ.

    މަޖިލިސް އިންތިހާބު މުއިއްޒަށް ހޯދާ ދިނުމަށް އިލެކްޝަނުން ފައިސާ ހޯދާދީފިއެވެ. މުއިއްޒު ބޭނުންވާ ދުވަހަށް އިންތިހާބު ބާއްވާ ދިނުމަށް ނިންމައިފިއެވެ. ބަރަކާތްތެރި ރޯދަމަހު އިންތިހާބު ނުބާއްވާ ވާނެ އެއްގޮތެއްވެސް އިލެކްޝަނަށް ފެނުނު ކަމަކަށް ނުވެއެވެ. ވާދަވެރިންނަށް ކެންޕޭނު ނުކުރެވުނަސް ވޯޓަރސް ޓާރން އައުޓް ކިތަންމެ ދަށްވިޔަސް ފަރުވާލެއް ނެތްތާއެވެ. ގާނޫނުގެ ބޮލުގައި ރޯދަ އިންތިހާބު އަޅުވާފައި މުއިއްޒު ފައިސާ އަޅާދޭ ކުދިންކޮޅު ނެރެގެން ވޯޓު ލައްވާ ގޮނޑިތައް މުއިއްޒު ކިހިލި ޖަހާލެވޭނެ ގޮތް ހަދާދެވެނިކޮން އީސީއަށް ނިމުނީތާއެވެ.

    ވޯޓުފޮށިތައް ބަލަހައްޓަން ސަމަންތަރު ހެޔޮ ޕީއެންސީ ކުދިން ހޯދާ ތަމްރީނުކޮށްފައި ބޭތިއްބުމުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަގެންދެވޭ ނޫން ހެއްޔެވެ. ޕީޕީއެމް- ޕީއެންސީގެ ދަފުތަރުގައި ނަން ނެތެނިކޮށް ނިމުނީތާއެވެ. ނަން އޮތަސް އެކްޓިވްކޮށް އުޅޭކަމަށް ނުހެދީމާ ނިމުނީއެވެ. ކަން ހިނގަނީ މިނޫން އެހެން ގޮތަކަށް ނޫނެވެ. ގަނޫނީ ހަމައެއް އަޅުވާލައިގެން އިލެކްޝަނުން ކަން ހަލާލު ކުރާނެއެވެ. 

    ޕާޓީ ތަކުގެ ގާނޫނީ ބެލެނިވެރިޔާ މުއިއްޒާ ޖެހުމުން އޮންނަނީ ނިދާފައެވެ. ޕީއެންސީގެ ޕްރައިމަރީގެ ކަންކަން ދަނީ ދާނެ ގޮތަކަށެވެ. ޕަޓީ ޓިކެޓް ދިނުމުގައިވެސް ހަމަލަމައެއް މުއިއްޒުގެ ނެތެވެ. ކޮއްކޮއަށް ފްރީޓިކެޓެވެ. ދެބެންގެ ދެދަރި ބޭބެއަށް ފްރީޓިކެޓެވެ. އަދުރޭއަށް ބިލާދަރު މައިޓިކެޓެވެ. ފައިސާވެރިންނަށް ދާއިރާ ޓިކެޓްތައް ދައްކައިގެން ފައިސާ ނަގަފައި ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި އެތައް ބަޔަކަށް ޕްރައިމަރީގައި ބައިވެރިއެއް ނުވޭ ގޮތަށް ނިންމީއެވެ. ވަކި ބަޔަކަށް ޕްރައިމަރީން ކެންޑިޑެންސީ ނުދީފާ އެމީހުންގެ ނަމުގައި ބަޖެޓުން ފައިސާ ނަގަން މުއުއްޒަށް އޯކޭވިއެވެ. އެންމެ ފަހުން ކަންކަން ގޯހުން ގޯހަށް ގޮސް ޕްރައިމަރީން ފުރުސަތު ނުދޭން ނިންމި މީހުނަށް ފުރުސަތު ދޭން ނިންމާ ޕްރައިމަރީ ދިނުމުގައިވެސް މުއިއްޒު އުނބަށް ޖެހީއެވެ.

    އަޖައިބެއް ކަހަލަ ކަމެކެވެ. މުއިއްޒަށް ފޭރި ނުގަނެ އެއްކަމެއްވެސް ނުވެއެވެ. ރިޔާސީ ޓިކެޓް ފޭރިގަތީއެވެ. ދޮގާ ވަގާ މަކަރުން ވެރިކަން ފޭރިގަތީއެވެ. ޕާޓީ ބޮޑުކުރަން އާއްމު މެންބަރުންވެސް ފޭރިގަނެ ވަގަށް ނެގީއެވެ. މަޖިލިސް މެންބަރުން ތަކެއްވެސް ފޭރިގަތީއެވެ. ބަޖެޓުން ސިޔާސީ ޕާޓިތަކަށް ދޭ ފައިސާއިން 18 މިލިޔަން ފޭރިގަތީއެވެ. މިހާރު އެއުޅެނީ 20ވަނަ މަޖިލިސް ފޭރިގަންނާށެވެ. އާނއެކެވެ. ރައިސް ޔާމީނު ވިދާޅުވާ ޒާތުގެ މިނިކާ ބާޒެއް ވީމާ ނުފޭރޭނެ އެއްޗެއް ނުއޮންނާނެ ތާއެވެ.

    ]]>
    Mon, 22 Jan 2024 16:32:16 +0500 ނިއުސް ޑެސްކް
    އާބަން ސެންޓަރ ދިރާސާ ކުރާނަމުގާ ޖީބު ފުރަނީ! https://heerasnews.com/2205 https://heerasnews.com/2205 އާބަން ސަރަހައްދު ތަކެއް ހެދުމަށް ދިރަސާ ކުރުމަށް ވުރެ ކުރަން މާ މުހިންމު ކަންތައް އެބަހުއްޓެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ފަށާފައިވާ އަސާސީ ހިދުމަތއް ގާއިމު ކުރުން މިހާރުން މިހާރަށް މާ މުހިންމެވެ. މާލޭގައި ދިރިއުޅޭ މީހުނަށް ގޯތިދޭން ނިންމާފައިވާ ހުޅުމާލޭ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރުފަޅާ އުތުރުތިލަފަޅު އަވަހަށް ނިންމާ އެތަންތާ މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަދާދިނުން މާ މުހިންމެވެ. އެހެން ކަންކަމަށް މިވަގުތު ދައުލަތުން ފައިސާ ހޭދަ ކުރުމަށްވުރެ ރައްޔިތުންނަށް ފައިދާ ބޮޑުވާނީ އެގޮތެވެ. ސިޔާސީ ގޮތުން ސަރުކާރަށް ވެސް އެންމެ ފައިދާ ބޮޑުވާނީ އެގޮތެވެ. 

    މުއިއްޒު ސަރުކަރުން ބައެއްގެ ޖީބަށް ފައިސާ އޮހޭނެ އަނެއް ކަމެއް ފެށީއެވެ. ރާއްޖޭގެ އެކި ހިސާބުގައި އާބަން ސެންޓަރުތަކެއް ހެދުމަށް ދިރާސާ ކުރާނަމުގައެވެ. އާބަން އޭރިއާތައް ތަރައްގީ ކުރުމަކީ ރަނގަޅު ކަމެކެވެ. ކުރަންޖެހޭވެސް ކަމެކެވެ. އެހެން ނަމަވެސް މިއްޔަކީ އެވަގުތެއް ނޫނެވެ. އެކަމަށް ވުރެކުރިން ކުރަންޖެހޭ މާ މުހިންމު ކަންކަން ހުއްޓާ އެކަންކަން ނުކޮށް އާބަންސެންޓަރު ހަދަ ވާހަކަ ދައްކަނީ ދައުލަތުގެ ފައިސާ ކައްވާށެވެ. ދައުލަތުން އިސްރާފް ކުރާށެވެ.

    ދުރު މުސްތަގުބަލަށް އާބަން އޭރިއާތައް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރީން ފަށާފައިވާ އަސާސީ މަސައްކަތްތައް ނިންމާލުމުން ވާރަނގަޅު މާ ބޮޑުވާނެއެވެ. ބައިމަދު ތަންތާ މީހުން ދިރިއުޅުވުމުގެ ވިސްނުން ނެތަސް އެތަންތާ މީހުން ދިރިއުޅޭހާ ދުވަހަކު އެމީހުނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިފައި އޮންނަން ޖެހެއެވެ. އެހެން ނޫނަސް ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ފަށާފައި ހުންނަ މަސައްކަތް ހުއްޓާލާ ނުކޮށް ދޫކޮށް ލުމަކީ ދައުލަތަށް ދެވޭ ބޮޑު ގެއްލުމެކެވެ. ފަށާފައި ހުރިކަމެއް ލަސްކޮށް ފަސްކުރުމަކީވެސް އިންތިހާ ދަރަޖައަށް ގެއްލުން ހުރި ކަމެކެވެ. ވެވޭ ހިޔާނާތެކެވެ. ވެރިކަން ބަދަލުވުމަކީ އެއްވެރިކަމުން އަނެއްވެރިކަމަށް ވާރުތަކުރާ ކަންކަން ނުކޮށް ދޫކޮށްލުމަށް އޮތް ހުއްޖަތެއް ނޫނެވެ.  

    ކުރީގެވެރިކަމުން މިހިނގާ ވެރިކަމަށް ވާރުތަކުރި އެންމެ މުހިންމު އެއްކަމަކީ މާލޭގެ ރައްޔިތުނަށް ގޯތި ދިނުމެވެ. ކުރީގެ ވެރިކަން ނިމުނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަކި ކަމަށް ހައްލެއް ހޯދާދެމުން ދަނިކޮށެވެ. އާނއެކެވެ. މާލޭގައި ދިރިއުޅޭ މީހުނަށް އެންމެ އަވަހަށް ބޭނުމީ ފަސޭހަ ކަމާއެކު ބޯހިޔާވަހިކަން ލިބުމެވެ. އާބަން ސެންޓަރުތައް ހެދިގެން އެތަންތަނަށް ބަދަލުވުމަށް އަނެއް ވިހި ތިރީސް އަހަރު ދަތި ހާލުގައި އުމުރު ހެދަކުރާކަށް މާލޭ ގިނަ މީހުން ބޭނުމެއް ނޫނެވެ. އެއީ އެކަން ވާނެ ގޮތެއްވެސް ނޫނެވެ.

    ގިރާވަޅުފަޅާއި ގުޅީފަޅާއި ހުޅުމާލެއިން ގޯތި ދީފައިވާ މީހުނަށް ބޭނުންވާ ގޯތި ކެނޑޭ ވަރަށް ހިއްކަން ބޭނުންވާ ބިމުގެ ބޮޑުބައި އޮތީ ހިއްކާ ނިމިފައެވެ. އެތަންތާ ދިރިއުޅެން ފަށައިގަތުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށާއި ގޯތިތަކަށް ބޭނުންވާ ބިމުގެ ގޮތުގައި އެއިން ކޮންމެ ތަކުން ހިއްކާން އޮތީ ކުޑަ ނިސްބަތެކެވެ.

    ދީފައިވާ ގޯތިތަކުގައި ދިރިއުޅެން ފަށައިގަތުމަށް ކޮންމެހެން ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވޭ ވަރަށް ބިން ހިއްކާ ނިންމާ އެތަންތާ ހުންނަން ޖެހޭ އަސާސީ ހިދުމަތްތައް ގާއިމުކޮށް ދިރިއުޅެވޭވަރު ކޮށްދިނުން ފުރަތަމަ ކަމަކަށް ސަރުކާރުން ހަދަން ޖެހެއެވެ. މުޅިފަޅުން ހިއްކެން އޮތް ހުރިހާތަނެއް ހިއްކާ ނިންމައިގެން އެތަންތާ ދިރިއުޅެވޭ ގޮތް ހަދާ ދޭން ވެއްޖެނަމަ އެތަން ނިންމައިގެން މީން ޒަމާނަކު ބަޔަކު އެތަންތާ އާބާދެއް ނުކުރެވޭނެއެވެ. 

    ރައްޔިތުންނަށް ހެވެއް އެދިގެން ކަމެއް ކޮށްދިނުމުގެ ވިސްނުން ހުރިނަމަ ހިއްކަންޖެހޭ މުޅިބިން ހިއްކާ ނިމެންދެން މަޑެއް ނުކުރާނެއެވެ. ހޯދާނީ އަވަސް ކުރުމަގެވެ. މާލޭގައި ގިނަ މީހުން ދިރިއުޅެނީ ޒަމާން ތަކަކަށް އުންމީދު ބޮލަށްލައިގެން ތިބެވޭ ވަރަށް ވުރެ ދަތިހާލުގައެވެ. ބޭނުންވަނީ މާލޭގެ ބޯހިޔާވަހިކަމަށް އަވަސް ހައްލެވެ. ބޮޑެތި އާބަން ސެންޓަރުތައް އެކި ހިސާބުގައި ހަދަން އުޅުމުގެ ކުރިން ދަތިހާލުގައި އުޅޭ ރައްޔިތުންނަށް ފުރަތަމަ ގޮތް ހޯދާދޭށެވެ.

    1997 ގައި ހިއްކަންފެށި ހުޅުމާލެ އަދިވެސް ހިއްކަ ނުނިމެއެވެ. ހުޅުމާލެ ހިއްކަ ނިމިގެން ބަޔަކު އާބާދުކުރަން ތިބި ނަމަ އަދިވެސް ހުޅުމާލޭގައި ބަޔަކު ނޫޅުނީހެވެ. ބައިބަޔަށް ފޭސްފޭހަށް ހިއްކާ އާބާދުކުރަމުން ދިޔަކަމުން ހުޅުމަލެއަކީ ރާއްޖޭގައި އޮތް އެންމެ އެންމެ ވަރުގަދަ އާބަން ސެންޓަރަށް ބަދަލުވަމުން ދާތަން ލޮލަށް އެބަ ފެނޭނޫން ހެއްޔެވެ. 

    ]]>
    Mon, 22 Jan 2024 14:55:47 +0500 ނިއުސް ޑެސްކް
    ހައްދު ފަހަނައެޅި ގައުމިއްޔާތުގައި ދިވެހިއްޔާތު https://heerasnews.com/2204 https://heerasnews.com/2204 ދިވެހިއްޔާތު ވުޒާރާ ހަދައިގެން ތިބެ މުއިއްޒުމެން މިހާވަނީ ކޮން ހަޑިއެއް ހެއްޔެވެ. ދިވެހިއްޔާތު ވުޒާރާއެއް އުފެއްދި ތަނާ ބޮޑު ކަރައެއް ފަޅާލައިގެން އޮށް ބުރުވާ ވަރުން ހީވަނީ އެހެން ކަމެއް ހެންނެވެ. ބަވަނަވެތި ބަސްތައް ތަރުޖަމާ ކޮށްގެން ބަވަނަވީ މާނަ އޮޅި މަފްހޫމު ގެއްލޭ ވަރަށް ދިވެހިއްޔާތު ބޮޑުކޮށްގެން އެޔެއް މިޔެއް ނޭގެއެވެ. 

    ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ. އެއް ވުޒާރާއަކީ ފަންނިއްޔާތު މިނިސްޓްރީއެވެ. އަނެއް ވުޒާރާއަކީ ފަންނު މިނިސްޓްރީއެވެ. ހުނަރު މިނިސްޓްރީއެއް ވެސް އެބަހުއްޓެވެ. މިދައްކަނީ އެބަހެއް ބުނުމުން ދުނިޔޭގެ ނިސްބަތުގައި ވަކި ކަހަލަ މަފްހޫމު ތަކެއް ހިމެނޭ ބްރޭންޑް ނަން ތަކެއް ބަދަލު ކޮށްގެން ވަކި މާނަ ތަކެއް ނެރެން އުޅުމުން ދިވެހި ބަސް ބަދަލު ވެގެން ދަނީ ކާޅު ހިނގުމަށެވެ. އެޔަކަށް ނުވެ މިޔަކަށް ނުވެއެވެ. 

    ބަސް ކުރިއެރުވުމަކީ އެއްޔަކީ ނޫނެވެ. ފޮރިން މިނިސްޓްރީ ނުކިޔާން ޚާރިޖީ ވުޒާރާ ކީމާ މިވަނީ ވަކި ކޮން އެއްޗަކަށް ހެއްޔެވެ. ހޯމް މިނިސްޓްރީ ނުކިޔާން ދާޚިލީ ވުޒާރާ ކީމާ މިވީ ވަކި ކޮން އެއްޗެއް ހެއްޔެވެ. ކޮންމެހެން މިނިސްޓްރީ ތަކަށް ދިވެހިން ކިޔާނެ ވަކި ގޮތެއް ކަނޑައަޅާފައި އެއްބޯޑެއްގައި އެއްތާކަށް ކިޔާ ދެނަމެއް ބޭއްވުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫނެވެ. އިގިރޭސީން ލިޔެފައި އޮތަސް އަރަބިން ލިޔެފަ އޮތަސް ތާނައިން ލިޔެފައި އޮތަސް އާދަން ނަސީރު އިބުރާހިން ވާނީ އާދަމް ނަޞީރު އިބްރާހީމް އަށެވެ. ޑރ. މުއިއްޒު ވާނީ ޑރ. މުއިއްޒަށެވެ. 

    މިނިސްޓްރީ ތަކުގެ ނަންބޯޑް ދިވެހި ބަހަށް ތަރުޖަމާ ކޮށްގެން އެ ހިނދަކަށް އެކަން ކުރި ބަޔަކަށް ދޭހަވާ މާނައިން ނަންބޯޑުގައި ތަރުޖަމާ ނަމެއް ޖެއްސަސް އަދި އެއްޔަކީ ގައުމިއްޔަތު ދިރުވުމެއް ނޫނެވެ. ދިވެހި ބަހަށް އިސްކަން ދިނުމެއްވެސް ނޫނެވެ. 

    ދިވެހި ގައުމިއްޔަތު ދިރުވާ ދިވެހި ބަސް ކުރިއަރުވަން އައި މީހުން ނަންބޯޑުގައި ތަރުޖަމާ ދިވެހިނަން ޖަހާފަ އެތެރޭގައި ކުރާ ކަންތައްް ފަރަންޖީ ބަހުން ކުރީމާ ނިކަން ރަނގަޅަށް ގައުމިއްޔަތު ދިރޭނެއެވެ. 

    ދިވެހި ރާއްޖޭގައި ދިވެހިންނާ ގުޅުން އޮތް ކަމެއް އެ ކަމުގައި ބޭރު ބައެއްގެ އެއްވެސް ސާމިލު ވުމެއް ނެތަސް ސަރުކާރުގެ ރަސްމީ އިދާރާ ތަކުން ނެރޭ ލިޔުން އިނގިރޭސި ބަހުން ނެރެނީ ކިހާ ގައުމިއްޔަތު ބޮޑުވީމާ ހެއްޔެވެ. ސަރުކާރުން ނެރޭ ނޫސް ބަޔާންތަކާއި މީޑިއާ ސްޓޭޓްމަންޓްތައް އިނގިރޭސި ބަހުން ނެރެނީ ކޮންކަމެއް ކާކަށް ދައްކަން ހެއްޔެވެ. އެހެން އެކަން ކުރަނީ ފިސާރި އިލްމުވެރި ކިޔަވައިގެން ތިބި ބަޔަކު ކުރާކަމެއް ކަމަށް ދައްކަން ހެއްޔެވެ. ނޫނީ މީހުނަށް ކަންކަން އޮޅުވާލަން ހެއްޔެވެ. ހަމަ ގައިމުވެސް އެހެން ނެރޭ އާއްމު ލިޔުމަކުން މިބުނި ދެ ކަންތަކުން އެއް ކަމެއްވެސް ހާސިލެއް ނުކުރެވޭނެއެވެ.

    ގއ. ވިލިގިލިން ކުއްލި ފަރުވާއަށް މާލެ ނުގެނެވި ލަސްވެގެން މަރުވެ ދިޔަ ކުއްޖާގެ ކަންތަކުގައި އާސަންދަ ކޮންޕެނީގެ ޒިންމާދާރުކަން ރައްޔިތުނަށް ދައްކަން ނެރުނު ޕްރެސް ސްޓޭޓްމަންޓް އިނގިރޭސި ބަހުން ނެރުނީ ހަރުކަށި ގައުމީ ފިކުރުގެ ކިތައްވަނަ ދަރަޖައިންތޯ އަހާލާ ހިތްވެއެވެ. މުއިއްޒު ދިވެހި ބަސް ދިރުވާލަން މިއުޅެނީ ގޮހޮރު ފުލަށޭ ހާދަ އެބަހީވެއެވެ. ގެރިހަން ލައިގެން އޮތް މިނިކާ ވަގެއް މިސާލުގައި ނޫނީ އެއްވެސް ކަމެއް ޑރ. މުއިއްޒު ނުކުރެއެވެ.

     

    އާސަންދަ ކޮންޕެނީ ވަކިން ވާނީ ކޮން ގޮތެއް ހެއްޔެވެ. ހޮދު ރައީސް މުއިއްޒު ދިވެހިންނަށް އަމާޒުކޮށް ކުރާ ޓްވީޓްތައް ކުރަނީވެސް އިނގިރޭސި ބަހުންނެވެ. މުއިއްޒު ދިވެހި ބަސް ދެކެވާ ލޯތްބާއި ގައުމިއްޔަތު ދިރުވުން ގަނޑުވެސް މިހުންނަނީ އަމާކީތީ ފަރަށް ދާހެނެވެ. 

    ކަރާފަޅައިގެން އޮއްބުރުވާ ވަޒީރުގެ ރިސާޗް ސެންޓަރު ހަދައިގެން ތަހުލީލުކޮށް ނިމޭއިރު ދީނީއްޔާތާއި އަދަބިއްޔާތާއި ގޮތަށް ހުރިހާ ދިވެހި ލަފުޒަކާއި ބޭރު ލަފުޒެއްގެ ފަހަތަށް ޔާތެއް އިތުރިވެފައިވާ ގައުމިއްޔާތެއް އޮންނާނީ އައިސްފައެވެ. ޢޭރުން އޮންނާނީ ފަންނިއްޔާތާއި ހުނަރިއްޔާތާއި ހޮސްޕީޓަލިއްޔާތާއި ފަތުރިއްޔާތާއި އެތެރިއްޔާތާއި ބޭރިއްޔާތަށް ހުރިހާ ލަފުޒެއް ބަދަލުވެފައެވެ. ދިވެހިބަހަށް އިސްކަން ދިން ދިނީނުން ބަސް ދިރިގެން ގޮހޮރުފުލުން ނަޖިހަށް ވެފައެވެ. 

    ]]>
    Sun, 21 Jan 2024 19:00:36 +0500 ނިއުސް ޑެސްކް
    ޔާމީނު ޖެހި ދަންމަޅީގައި މުއިއްޒު ބެދި ހަނާވަނީ! https://heerasnews.com/2203 https://heerasnews.com/2203 ޔާމީނުގެ އަނިޔާވެރިކަން ބޮޑުވެ ފެބްރުއަރީ އެކެއްގެ ކޯޓު އަމުރު ނެރުމުގެ ފަހަތުައި އޮތީ އިންޑިއާ ކަމަށް ޝައްކުކޮށް ތިބި އިންޑިއާ ސިފައިންގެ ވިސާ އާކޮށް ނުދޭން ނިންމާ ހެލްކޮޕްޓަރތައް ފޮނުވާލަން ޔާމީނު ވެރިކަމުގައި އުޅުނެވެ. އިންޑިއާ އާއި މެދު ނުނިޔަތްލާ ޔާމީނުގެ ވެރިކަމަށް އޮތް ބިރަކީ އިންޑިއާ ކަމަށް ޔާމީނު ދުއްޓެވެ. އޭރު އޮތީ ޗައިނާގެ އުނގުތެރެއަށް ނިކަން ރަނގަޅަށް ޔާމީނު ވަދެގަނެގެވެ.

    ދިވެހީންނަށް ޔާމީނުގެ އުނދަގޫ ބޮޑުވެ ޔާމީނު ގެ ގަދަފަދަ އަނިޔަވެރި ވެރިކަން ރައްޔިތުން ނިންމާލީ %65 އަށް ވުރެ މަތީ އަގުލަބިއްޔަތަކުންނެވެ. މުޅި ރާއްޖެހެން ޔާމީނާ ދެކޮޅަށް ތެދުވެ 2018ގައި ރައްޔިތުން ވެރިކަން ފޮރޮޅާލީ އެމްޑީޕީ ލީޑްކުރާ ކޯލިޝަނެއްގެ އަތް މައްޗަށެވެ. 

    އެހެން އެކަންވެ އެމްޑީޕީ ކޯލިޝަނުން އަމާން އޮމާން ބަދަލު ހިފުމެއްނެތް ވެރިކަމެއް ކުރަން ފެށިތަނާ ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވެ ދުނިޔެ ހުއްޓުނީއެވެ. ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ ރާއްޖެއަށް އެކީ އެކައްޗަކަށް އާމްދަނީ ހުއްޓުނެވެ. ބޯޑަރތައް ބަންދުވެ ދަތުރުފަތުރު ހުއްޓިފައި އޮތުމުން ބާނާ މަސްކޮޅު ބޭރުކޮށްގެން އާމްދަނީ ހޯދޭނެ ގޮތެއް ވެސް އޭރަކު ނެތެވެ.

    ކޮވިޑްގެ ހާލަތުގައި ސަރުކާރުތަކުން އިސްކަންދިނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ގިނަ ގައުމުތައް އެކަމުގައި ފޭލިވެ ސަރުކާރުތައް ހޫނު ފެނަށް ވެއްޓުނެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުން ސަރުކާރުގެ މުއައްޒަފުންގެ މުސާރައިން ބައިސެންޓް ވެސް އުނިނުކޮށް މުއައްޒަފަކު ނުކަނޑާ ގައުމު ބަނޑަށް ނުޖެހި ކޮވިޑުން އަރައިގަތީ މުޅި ދުނިޔޭގެ ތައުރީފް ހޯދަމުންނެވެ. 

    ކާންބޯން ނުލިބިގެން ރައްޔިތުން ހާލުގައިޖެހި ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރު ވައްޓާލާނެ ކަމަށް ޔާމީނު ކުރި އުންމީދު ދިޔައީ ތޮޅިއަށެވެ. ޔާމީނު އުންމީދު ކޮށްގެން ހުރީ ކޮވިޑާއެކު ސަރުކާރު ވެއްޓިގެން ދާނެކަމަށެވެ. މިންވަރުފުޅުން އެކަމެއް އެހެނެއް ނުވިއެވެ.

    އެކަން އެހެން ނުވީ އަވައްޓެރި އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް ހިފެއްހެއްޓުމެއް ނެތި ވީއެހީތެރިކަމުގެ ސަބަބުންކަން ޔާމީނު ގަބޫލު ކުރިއެވެ. އިންޑިއާގެ އެހީތެރިކަން ހުއްޓުވައިގެން ނޫނީ ސަރުކާރު ބަލި ނުކުރެވޭނެކަމަށް ދެކިގެން އިންޑިއާ އައުޓް ކެންޕޭން ޔާމީނު ޖެއްސީއެވެ. އެކަން އޭނާ ކުރީ ނެތް ހާލަތެއް އުފައްދައިގެންނެވެ. 

    ޔާމީނު ވެރިކަމުގައި އިންޑިއާ ލައްވާ އަޅަންފެށި ޕޮލިސް އެކަޑަމީއަކީ އިންޑިއާގެ މިލިޓަރީ ބޭހެއް ކަމަށް އިންޑިއާ އައުޓް ކެންޕޭނުގައި އަޑު އެރުވިއެވެ. ޔާމީނުގެ ވެރިކަމުގައި އުތުރު ތިލަފަޅުގައި އަޅަން އެއްބަސްވެ ނިންމަފައިވާ މިލިޓަރީ ޑޮކްޔާޑަކީ އިންޑިއާގެ މިލިޓަރީ ބޭހެއް ކަމަށް ރައްޔިތުންނަށް ދެއްކިއެވެ.

    ކައްދޫ އެއަރޕޯޓަކީ މިލިޓަރީ އެއަރޕޯޓަކަށް ބަދަލު ކުރުމުގެ ޕްލޭން ރާވާ އެތަން ތަރައްގީކުރަން އިންޑިއާ އާއި ވާހަކަ ދެއްކާ ހެދީ ހޮދު ޔާމީނެވެ. ހަނިމާދޫ އެއަރޕޯޓާއި އައްޑޫ ގަމުގައި ސަރަހައްދު ބަލަހައްޓާ ފާރަވެރިވުމަށް ވައގެ އޮޕަރޭޝަންތައް އިންޑިއާ އަޝްކަރިއްޔާ ލައްވާ ހިންގުމުގެ ހުރިހާ ކަމެއް އިންތިޒާމުކުރީ ވެސް ޔާމީނެވެ. މުއިއްޒުގެ އެޓޮލްސް މިނިސްޓަރ އާދަމް ޝަރީފު އުމަރާއި މުއިއްޒުގެ ކޯލިޝަން ޕާޓްނަރ ކާނަލް ނާޒިމާއި ދެމީހުން ދިފާއީ ވަޒީރުކަމުގައި ތިބެއެވެ.

    ހުސް ގޮނޑި ބަހައްޓައިގެން ޔާމީނު ފޮޓޯ ގަނޑުގެ ނިވަލުގައި ކެންޕޭނުކުރި މުއިއްޒަށްވެސް މަޖުބޫރުވީ ވެރިކަން ހޯދުމަށްޓަކާ އިންޑިއާ އައުޓް ވިއްކާށެވެ. ކިތަންމެ ބާރަށް ކެންޕޭނުގައި އެވާހަކަ ދެއްކިޔަސް ކަމަކީ ކިތަންމެހާ ވެސް ތަކުލީފު ބޮޑު އުނދަގޫ އެހާމެ ހައްސާސް ކަމަކަށް ވާނެކަން މުއިއްޒަށް ރަނގަޅަށް އެނގެއެވެ. މިނިކާ ބާޒެއްހެން ޔާމީނުގެ ރިޔާސީ ޓިކެޓެއް ޖަހައިގަނެގެން ނިކުމެވުނީމާ ޔާމީނު ދެއްކި ވާހަކަ ނުދައްކާ އެންމެ ވޯޓެއްވެސް ލިބެން ނެތްކަން މުއިއްޒަށް އެނގޭތީ މަޖުބޫރު ވެގެން އިންޑިއާ އައުޓް ޖެއްސި ޖެއްސީނުން ވެރިކަން ހޯދީއެވެ. 

    ވެރިކަމަށް އަރާ ލޯހުޅުވާ ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. އިންޑިއާ އައުޓް މިއޮތީ މަލިކުލަވައަށް ވެފައެވެ. އިންޑިއާ އައުޓް ނުކޮށް ވާކަށްނެތެވެ. އިންޑިއާ އައުޓް ކުރެވޭކަށް ވެސް ނެތެވެ. އޮޅެފައި އޮތް ދިހަބޮޅު ކަންވާރަކޭ އިންޑިއާ ސިފައިން ބޭލުމެކޭ މުއިއްޒަށް ތަފާތެއް ނެތެވެ. ނިއުޅަށް ދެމިވަރަކަށް އޮޅި ގޮއްޖެހެނީއެވެ. ޔާމީނު މާޔޫސްވެ ދޮޅި އެޅެނީއެވެ. ޔާމީނު ޖެހި ދަންމަޅީގައި މުއިއްޒު ބެދި ހަނާވަނީއެވެ. އިންޑިއާ އައުޓުކުރަން ފެށި ހަރަކާތް ނިމޭއިރު ޗައިނާގެ އުނގަށް ވެއްޓި ލަންކާއަށް ވީވަރު ނުވެ ސަލާމަތް ވެއްޖެއްޔާ ކިތަންމެހާ ވެސް ނަސީބެވެ.

    ]]>
    Sun, 21 Jan 2024 16:01:28 +0500 ނިއުސް ޑެސްކް
    ޖައްބާރުވެރިކަމުން ކަޅިވެފައިވާ މުއިއްޒާ ދެކޮޅަށް ތެދުވަންޖެހޭ! https://heerasnews.com/2202 https://heerasnews.com/2202 ރައީސުލްޖުމްހޫރިއޔާގެ އެންމެ ފުރަތަމަ ޒިންމާއަކީ އޭނާގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކޮށްދިނުމެވެ. އެހެން ހުރިހާ ކަމެއް އަންނަނީ އޭގެ ފަހަތަށެވެ. ރައީސްގެ އިހުމާލުން ރައްޔިތެއްގެ ފުރާނަ ދިޔުމަށްވުރެ ބޮޑު އެހެން ކަމެއް ނުއޮންނާނެއެވެ. 

    ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދީ ހުވާ ކޮށްގެން ރައީސް މުއިއްޒު ހުރީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށެވެ. ރައްޔިތެއްގެ އެންމެ މަތިވެރި ހައްގަކީ ދިރިހުރުމުގެ ހައްގެވެ. އެކަމަށް ގަސްދުގައި އިހުމާލުވެއްޖެ ރައީސަކު އެހުރީ ކަލާނގެ ގަންދީ ކުރި ހުވަޔާ ހިލާފު ވެގެންނެވެ. 

    ދިވެހި ސަރުކާރުގައި ދުވަހުން ދުވަހަށް ހިންގަންޖެހޭ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގެން ނެތުމުން ގާބިލުކަން ހުރި ބައެއްގެ އެހީތެރިކަން ހޯދައިގެން ވެސް އެކަން ކުރުމަކީ ރައީސްގެ ޒިންމާއެކެވެ. ރައްޔިތެއްގެ ފުރާނައަށް ނުރައްކާވާ ކޮންމެ ހާލަތެއްގައި ފުރާނަ ސަލާމަތްކޮށް ދިނުމަށް ދުރާލާ ތައްޔާރުވެ ހުރުމަކީ ރައީސަށް ލާޒިމު ކަމެކެވެ. 

    2010 ވަނަ އަހަރުއްސުރެ ރާއްޖޭގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގަނީ އަވައްޓެރި އިންޑިއާގެ އެހީތެރި ކަމާއެކުގައެވެ. ކުއްލި ފަރުވާއަށް ގެންނަން ޖެހޭ ފަރުވާ ދެވޭވަރު ހޮސްޕިޓާތަކާ ހަމައަށް ބަލިމީހުން އުފުލާދެނީ އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ގެނެސްގެން އޮޕަރޭޓް ކުރާ ޑޯނިއާ ބޯޓާއި ދެ ހެލިކޮޕްޓަރ ގައެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިގެން ގޮސްފައި އެބަހުއްޓެވެ. 

    މުއިއްޒު ވެރިކަމަށް އައުމާއެކު ކަންކަން ވަމުން ދާގޮތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން ޝަހީމު (އަދުން ހުސައިން) ކުރިޔާލާ ރައްޔިތުންގެ މަޖިލީހުގައިވަނީ ވިދާޅުވެ ދެއްވާފައެވެ. އެއްޗެއް ވިސްނޭނީ ކަމެއް ދިމާވީމައެވެ. މިއަދު މިއޮތީ އެހާލަތު ރައްޔިތުން ތަހައްމަލު ކުރަން ޖެހިފައެވެ. މުއިއްޒާ ދެކޮޅަށް ތެދުވަން ޖެހިފައެވެ، 

    ރައީސް މުއިއްޒު ވެރިކަމަށް އެރީ ފޯރާ ދިގުވެފައި ހުރެއެވެ. ވެރިކަމަށް އެރީ ދިވެހި ރައްޔިތުންނަށް ނުލާހިކު މަދަދުވެރި ދެހެލިކޮޕްޓަރާއި ޑޯނިއާ ބޯޓާއި އެތަކެތި އޮޕަރޭޓްކުރަން ތިބި އިންޑިއާ މީހުން އައުޓު ކުރުމަށެވެ. ޖައްބާރުވެރި ކަމުގެ ގައުމިއްޔަތު ކޮނޑު އަޅައިގެންނެވެ.

    އިންޑިއާ އައުޓް ކުރަން ވެރިކަމަށް މުއިއްޒު އިސްވިތަނާ ފުރަތަމަ ދިމާވިކަމަކީ އައްޑު އަތޮޅުގައި މަސްހިފަން ދިޔަ ނޫކަށި ފުރައިގެ ޒުވާނަކު ކަނޑުވެ ގެއްލުމެވެ. އެ ޒުވާނާ ހޯދުމަށް އިންޑިއާގެ ޑޯނިޔާ ބޯޓާއި ހެލްކޮޕްޓަރތައް ބޭނުން ކުރާކަށް ރައީސް މުއިއްޒު ބޭނުމެއް ނުވިއެވެ. ގާބިލު މީހުންނާއި ފަންނީ އާލާތް ހުއްޓާ ރައީސް މުއިއްޒު އިހުތިޔާރު ކުރީ ނާގާބިލު ކަމެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫ މަރަދޫގެ ޒުވާނާ ގެއްލި ދިޔައީއެވެ.

    ކިތަންމެ ރަގަޅަށް ކަންތައް ކުރިޔަސް ފުރާނައެއް ވަކިވެދާނެއެވެ. އެހެނަސް ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު އަލާކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުން މީހެއްގެ ފުރާނަ ދިޔުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ.

    ގިނަ ދުވަހެއް ނުވެ ދިމާވީ ޢޭގެ އަނެއް ހަދިސާއެވެ. ގއ. ވިލިގިލިން ކުޑަ ކުއްޖަކު ފިޓްޖެހި ގޮތް ހުސްވެގެން މާލެ ނުގެނެވި ދިގުލައިގެން ދިޔުމެވެ. އެކުޑަ ކުއްޖާފުޅަށް ފަރުވާއެއް ދެވޭވަރުވީ ފިޓް ޖެހުނުތާ 16 ގަޑިއިރު ފަހުންނެވެ. ގަޑިއެއް ދެގަޑިއެއް ހާއިރުގެ ތެރޭގައި އެ ކުއްޖާ މާލެ ގެނެވޭނެ ގޮތް އޮވެމެ އެކަން ނުވެގެން ދިޔައީ ރައީސް މުއިއްޒުގެ ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ. އިންޑިއާގެ މަތިންދާ ޑޯނިއާ ބޯޓައި ހެލްކޮޕިޓަރތައް ހުއްޓައެވެ. ގަސްދުގައި ބޭނުން ނުކޮށްގެނެވެ.

    ދިވެހި ދަރިއެއްގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ މުއިއްޒަށް މުހިންމުވީ ހަސަދައާއި ގޮތް ދޫނުކުރުމެވެ. ބޮޑާކަމާ މަވެތިކަމެވެ. ކާރިސާގެ ވަގުތުގައާއި މީހެއްގެ ފުރާނަ ސަލާތް ކުރުމުގެ ވަގުތުގައި ވަކިމީހެއްގެ ދަރިއެއް، ވަކި ގައުމެއްގެ މީހެއް، ވަކި ގައުމެއްގެ އެއްޗެއް ބެލުމަކީ އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު ކުރާކަމެއް ނޫނެވެ. ފުރަތަމަ ކަމަކަށް އޮންނަނީ ފުރާނަ ސަލާމަތް ކުރުމެވެ. 

    އެހެން ނަމަވެސް މުއިއްޒު އިސްކުރީ ބޮޑަކަމާ ގޮތް ދޫނުކުރުމެވެ. އެ ކުޑަކުއްޖާފުޅު މާލެ ގެނައުމަށް އިންޑިއާގެ ޑޯނިއާ ބޯޓާއި ހެލްކޮޕްޓަރު ބޭނުން ކުރަން މުއިއްޒު ހުއްދައެއް ނުދިނެވެ. އާހިރުގައި މުއިއްޒުގެ ބޮޑާކަމާއި ގޮތް ދޫނުކުރުމާ އިހުމާލުން އެ ކުޑަ ކުއްޖާގެ ފުރާނަ އުދުހިގެން ދިޔައީއެވެ. މި ދެމަރުގެ ޒިންމާ އުފުލަންޖެހެނީ ރައީސް މުއިއްޒުނޫން މީހެއް ނޫނެވެ. އިތުރު މިކަހަލަ އެހެން ހާދިސާއެއް ހިނގުމުގެ ކުރީން މުއިއްޒު ސައިޒްކުރަން ނިކުންނަން ޖެހެއެވެ.

    ]]>
    Sat, 20 Jan 2024 19:15:00 +0500 ނިއުސް ޑެސްކް
    މަޖިލިސް ވޯޓަށް ބިންވެރިންގެ ކަސޯޓީ މިރޭ! https://heerasnews.com/2201 https://heerasnews.com/2201 ޓީވީ ޑްރާމާ ތަކުން ބެލުންތެރިންގެ ހިތް އަތުލާ ސަސްޕންސް އުފައްދާ އިންތިޒާރު އޮލަކުރަން ބެކް މިއުޒިކްއަށް ލާފައި ހުންނަ އިފެކްޓްތައް ދިވެހިން ދަނެއެވެ. ޕަޓަސް ޕަޓަސް ޑަޑަޑަޑަޑަޑަ މިއުޒިކާ އެކު އެކްޓް ކުރާ އެކި މީހުންގެ މޫނަށް ކުއްލި ކުއްލިއަށް ކެމެރާ ޒޫމްކޮށް ކަޓްކޮށް ހަދަނީ ބެލުންތެރިންގެ ޝައުގުވެރިކަން ބޮޑުކޮށް ބެލުންތެރިން ހައްލާށެވެ.

    ރިޔާސީ އިންތިހާބު

    2023 ގެ ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒު ދިވެހިންނަށް ދެއްކި ކަސޯޓީގެ ތަފާތު ޑްރާމާ ތަކުން ބެލުންތެރިންގެ ތާއީދާ ޝައުގުވެރިކަން ބޮޑުވި ހާއްސަ އެޕިސޯޑްތައް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. ރައީސް ޔާމީނަށް ހާއްސަ ހުސްގޮނޑިއާ އެ މަނިކުފާނު މިނިވަން ކުރައްވާ ޑްރާމާއެވެ. އެތައް ހާސް އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރު އަޅައިގެން ތިބި ޑްރާމާއެވެ. އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރުމުގެ ޑްރާމާއެވެ. މާދީނީ ގައުމީކަން ދައްކައިގެން ރައްޔިތުންނަށާއި އެންމެ ގާތް ބައިވެރިންނަށް ވެސް ދެއްކި ޑްރާމާއެވެ. ހުވާ ކުރެއްވާ ރައީސުލްޖުމްހޫރިއްޔާ މުއިއްޒަށް ބަދަލުވެ އެފިލްމު ނިމި ކުލަބަރި އެރިފަހުން އެނގިހާމަވީ ރިޔާސީ ކެމްޕޭނުގައި ދެއްކީ ޑްރާމާ ކަމެވެ.

    މަޖިލިސް  އިންތިހާބް 

    ކުރިއަށް އޮތީ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކަމުގައި ވާތީ އިތުރު މުޅިން އެހެން އާޑްރާމާތައް ޝޫޓް ކުރަން ފަށައިފިއެވެ.

    ޖެނުއަރީގައި ވައުދުވީ ގޮތަށް ބޮޑު ނުކުރެވުނު ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑު ކުރުން މަޖިލިސް އިންތިހާބާ ކައިރިކުރި ޑްރާމާ ޝޫޓް ކޮށްފިއެވެ. ޑޭޝް އެއިޓް ދޯނީގައި ބެންކޮކާ ދުބާއީން އާސަންދަ ދީ ކޮންމެ ގެއަކަށް 10 ކިލޯ ކާޑެވެ.

    ކޮންމެ މަސްއޮޑިއަކަށް ރެސްކިއު ޑައިވަރެކެވެ. އުތުރުތިލަ ފަޅުގައި ދަނޑުވެރިކަން ކޮށްފައި މާލޭ މީހުން ފުށިދިއްގަރުފަޅަށެވެ.

    މިރެއަކީ ބޮޑު ރެއެކެވެ. ބިންވެރިޔާ ސްކީމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެސެޖެކޯ އެބަ ކިޔައެވެ. މަޖިލިސް އިންތިހާބް ކައިރިވަމުން އަންނަ އިރު މެސެޖްތައް ގިނަވާނެއެވެ.

    ރިޔާސީ އިންތިހާބްގައި ވިދާޅުވި ބަސްފުޅު ތަކުގެ އަޑާ ވީޑިއޯ އާއި އޭގައި ހުރި ދިމާނުވުން ބޭޒާރުވާ ވަރުން މަޖިލިސް އިންތިހާބަށް ބޮލުގެ އެއްޗެއް ހައްދަވަނީ އެހެން މީހުން ލައްވާ މެސެޖް ދެއްވައިގެން ހެއްޔެވެ؟

    މަޖިލިސް އިންތިހާބްގައި ރައީސްގެ ފަރާތުން އެހެން މީހުން ލައްވަ މެސެޖް ދެއްވުން ބުއްދިވެރިއެވެ. އޭރުން އެހުރިހާ މެސެޖަކީ ފަހުން ދޮގު ކަމަށް ވީމާ ބުނެވޭނެ ވާހަކައެއް އޮންނާނެއެވެ. އޭރުން ބުނާނީ ތިޔައީ ރައީސް ވިދާޅުވި އެއްޗެއް ނޫނެވެ. ރައީސް އެހެން ވިދާޅުވި އޭގެ އޯޑިއޯއެއް ވީޑިއޯ އެއްވެސް ނުހުންނާނެއެވެ. ތިޔައީ  އެހެން  ބޭފުޅަކު  ދެއްކި  ވާހަކަ  ތަކެކެވެ. 

    ދިވެހިންނަށް ދައްކަވާފަ މިއޮތީވާ ފިސާރި ދުވަހެކެވެ.

    ]]>
    Sat, 20 Jan 2024 15:42:04 +0500 ނިއުސް ޑެސްކް
    ގެއްލުނު ކަނޑު ހޯދުމުގެ ނަމުގައި ދައުލަތް ދަވާލަނީ! https://heerasnews.com/2200 https://heerasnews.com/2200 ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނު އަސާސީ ބުނަނީ ގާނޫނުގައި ބަޔާންކުރާ އާޕިލަޖިކަލް ބޭސް ލައިނުން ފެށިގެން 12 ނޯޓިކަލް މޭލު އެތެރެއަކީ ރާއްޖޭގެ ސިޔާސީ ސަރަހައްދު ކަމަށެވެ. ރާއްޖޭގެ ސިޔާސީ ސަރަހައްދަށް އަންނަ ކޮންމެ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

    ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކާ ބެހޭ ގާނޫނުގައި ވާގޮތުން ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ދަމާލެވިފައި ވަނީ ރާއްޖޭގެ ގުދުރަތީ އަތޮޅު ތަކުގެ އެންމެ ބޭރު ދުނިން ވަށާޖެހޭ ގޮތަށެވެ. ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ކަމަށް ގާނޫނުގައި ބުނާ ރޮނގު ދަމާލެވިފައި އޮންނަނީ ތިލަދުންމަތީގެ އެންމެ އުތުރު ކޮޅުން ފޮއްތެލުގެ އެންމެ އިރުން އައްޑޫގެ އެންމެ ދެކުނުން މަކުނުދޫގެ އެންމެ ހުޅަގުން ތިލަދުންމަތީގެ އެންމެ އުތުރަށް ނިމޭގޮތަށެވެ. އެހެން ކަމުން ރާއްޖޭގެ ސިޔާސީ ސަރަހައްދަކީ މިދެންނެވި ބޭސް ލައިނުން ފެށިގެން 12 ނޯޓިކަލް މޭލުގެ އެތެރެއެވެ. މަލިކެއް ފޯޅަވައްސެއް އެ ބޭސް ލައިނުގެ ތެރެއަކު ނުހިމެނެއެވެ. 

    ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ އެހެން ގައުމަކާ ފުށުނާރާ ނަަމަ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލުގެ އެތެރޭގައިވާ ކަނޑުގެ ސަރަހައްދެވެ. 200 ނޯޓިކަލް މޭލުގެ އެތެރޭގައި ހިމެނޭ ސަރަހައްދުން ބައެއް އެއްވެސް އެހެން ގައުމަކާ ފުށުއަރާ ނަމަ ފުށުއަރާ  ގައުމަކާއި އެއްބަސްވެވޭ ގޮތެއްގެ މައްޗަށް ފުށުއަރާ ސަރަަހައްދު ބައި ކުރެވިދާނެ ކަމަށް ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނެއެވެ. 

    ރާއްޖޭގެ އެންމެ އުތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ މި ތިން ގައުމުގެ މެދުގައި ވެވުނު އެއްބަސްވުމަކާއި އެއްގޮތަށް ސަރަހައްދު ބައިކޮށްގެން ތިބޭތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. 

    ރާއްޖޭގެ ދެކުނުން މޮރިޝަސްއާއި ރާއްޖެއާ ދެމެދު އިގްތިސާދީ ސަރަހައްދު ފުށުއަރާ ކަމަށް ބުނެ ދުނިޔޭގެ ކަނޑުތަކުގެ އިމުގެ މައްސަލަތައް ހަމަޖައްސާ ބައިނަލް އަގުވާމީ ކޯޓް ( އިޓްލޮސް) ގައި މޮރިޝަސްއިން އުފުލި ދައުވާ ފައިސަލާ ކުރެވުނީ އުތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއެރުން ހައްލުކުރި އަސާސްގެ މަތީގައި ބައިނަލް އަގުވާމީ ގާނޫނު ތަކާއެއް ގޮތަށެވެ. ރާއްޖެއަށް ފުށުއަރާ ތަނުން ބޮޑުބައި ލިބޭ ގޮތަށެވެ، 

    މޮރިޝަސްއާއި ރާއްޖެއާއި އިގްތިސާދީ ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށް އިޓްލޮސްގައި މޮރިޝަސްއިން ދައުވާކުރުމުން މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ކަނޑުގެ ފުށު އެރުމެއް ނެތްކަމަށް ބުނެ ރައީސް ސޯލިހު ސަރުކާރުން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ހުއްޓުވިއެވެ. އެހެން ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ދުނިޔޭގެ ކޯޓް (އައިސީޖޭ)ން ނެރުނު އިސްތިރާޝީ ލަފައާއި އދ ގެ ޖެނެރަލް އެސެމްބުލީން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ފާސްކުރި ފާސްކުރުމުން މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް އިޓްލޮސްއަށް ހުށަހަޅަފައިވާ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ފުށުއެރުމުގެ މައްސަލަ ބެލޭނެކަމަށް އެ ޓްރައިބިއުނަލުން ނިންމާ އެކަން ބަލާ ފައިސަލާކޮށް ނިންމީއެވެ. 

    ކަނޑުތަކުގެ އިމާ ގުޅޭން މައްސަލަތައް ހަމަޖައްސާ އދގެ ޓްރައިބިއުނަލުން ބައިނަލް އަގުވާމީ ގާނޫނާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނާ އެއްގޮތަށް ހަމަޖައްސާ ނިންމާފައިވާ މައްސަލައެއް ފުށުން ޖަހާލުމަކީ ކުރެވޭނެ ކަންކަމެއް ނޫނެވެ. ގާނޫނީ މާހިރުންގެ ބަޔަކު ހަޔަރކޮށްގެން އެތައް މިލިޔަން ރުފިޔާއެއް މައްސަލަ ދިރާސާ ކޮށްލަން ވެސް ރާއްޖޭން ހަރަދު ކުރަން ޖެހޭނެއެވެ. މައްސަލަ އިސްތިއުނާފް ކުރެވެން އޮތް ނެތް ކަނޑައެޅުމަށާއި އިސްތުއުނާފް ކުރެވޭ ގޮތްވެއްޖެ ނަމަ ކާމިޔާބު ވުމުގެ ފުރުސަތު ނެތް ކަމަކަށް ދިވެހި ދައުލަތުން އެތައް މިލިޔަން ޑޮލަރެއް އިސްރާފުކޮށްލަން މުއިއްޒު އެއުޅެނީ ވެރިކަމަށް އައުމަށްޓަކާ ދެއްކި ބުހުތާނު ދޮގެއް ތެދުކުރުމަށްޓަކައެވެ. 

    ކަނޑުގެ އިމުގެ ފުށު އެރުން ހަމަޖެއްސުމުގައި ގޯހެއް ހަދާފައި އޮތްތޯ ބެލުމަށާއި ކަމާގުޅޭ ދިރާސީ ރިޕޯޓް ހަދަން ހަރަދުވަނީ ކިހާ ފައިސާއެއް ކަމެއް މަސައްކަތް ހަވާލުކުރީ ބައިނަލްއަގުވާމީ ކޮން އެކްސްޕާޓަކާ ކަމެއް ނުވަތަ ކޮން ލޯފާމަކާކަން ހާމަކުރުމަކީ ވަރަށް ހައްސާސް ކަމަކަށް ސަރުކާރަށް ވެއްޖެއެވެ. ގަޔަށް ބާރެއް ނުކޮށް ދައުލަތް ދަވާލަށް ބަޔަކަށް ލިބޭނީ މިހާކަށް ވަރުގެ ފުރުސަތެކެވެ. 

    ގެއްލުނު ކަނޑު ހޯދުމުގެ ނަމުގައި މިއޮތީ ދަނޑިމަތި އަނބުރާއިގެން މުއިއްޒާއި ޒަމީރާއި އުޝާމަށް ދައުލަތް ދަވާލަން ލިބިފައިއޮތް ރަނުގެ ފުރުސަތެކެވެ. ފަސް އަހަރު ވަންދެން މުއިއްޒުމެން ކިރުފެލަން އޮތް ގެރިއަކަށް ގެއްލުނު ކަނޑު ހޯދުން ހަދަފައި ބާއްވާނެއެވެ.   

    ]]>
    Sat, 20 Jan 2024 14:44:41 +0500 ނިއުސް ޑެސްކް
    ރައީސް މުއިއްޒަށް ލައިގަތީ މެމްބަރު އިންތިގެ ދުލުވިހަތަ!؟ https://heerasnews.com/2199 https://heerasnews.com/2199 2013 އިން  2018 އަށް ރާއްޖޭގެ ވެރިކަމުގައި އޮތް ޕީޕީއެމްގެ ވެރިކަމުގައި އިދިކޮޅު އެމްޑީޕީ އޮތީ މަގުމަތީގައެވެ. ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައެވެ. ރައީސް މުއިއްޒު ހުންނެވީ ހައުސިންގ މިނިސްޓަރ ކަމުގައެވެ.

    މަގުތަކަށް ފަރިތަ، އިހުތިޖާޖަށް މޮޅު، ސީދާ ހަރަކާތަށް ކުޅަދާނަ އެމްޑީޕީގެ ތެރޭންވެސް ނަންހުރި ފާޅުކަން ބޮޑު އަލިގަދަ އެމްޑީޕީގެ އުޖާލާވި ރަންތަރިއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރ އަލްއުސްތާޒް އިމްތިޔާޒު ފަހުމީއެވެ.

    އިންތިއަކީ އެމްޑީޕިސްޓުންގެ މެދުގައި ގޮތްއެނގި ގޮތުގައި ހުންނަވާ ކަމަށް ނަން އަރާފައިވާ އެޕާޓީގެ ވަރުގަދަ އެސެޓެކެވެ. ބަލާގާތްތެރިކަމާއި ފަސާހަތްތެރި ކަމުގެ ތޫނު ހަމަލާ ތަކުން ވެރިކަމުގައި އޮތް ޕީޕީއެމް ސަރުކާރު ފޮތިވެ ކުދިކުރަމުން ދިޔަ އެއް ފަހުލަވާނެވެ. 

    އެތެރޭގައި ލީ ފުޅާ ރެނދުގައި އެމްޑީޕީ އިރިގެން ދިޔައިރު އިންތި ސޮއްސާލީ، ފޭވެގެން ދުރަށް ވެއްޓުނު ފަޅި ކަމަށްވާ ދަޑިމޮކްރެޓްސްގެ ފެންފިލާ މައްޗަށެވެ. އޭގެ ފަހުން އެމްޑީޕީގެ ފެންފިލާ މަތީގައި އޭރުގެ ސަރުކާރު ސައިޒް ކުރުމަށް އިންތި ދޮށި އެޅި ގޮތަށް ޑިމޮކްރެޓްސްގެ އޮޑީގައި އިންތި ދޮށިއަޅާ ތަނެއް ނުފެނެއެވެ. އެެހެން ނަމަވެސް އިންތިގެ ކިބައިން އިންތިކަން ކެނޑިއްޖެ ކަމަށް ބުނާކަށް ނުކެރޭނެއެވެ.

    ރައީސް ޔާމީން ސަރުކާރު ހިންގެވި އިރު އެމްޑީޕީގެ މައިކް އިންތި އަތަށް ހެޔޮވަރު ކޮށްލާ ގޮތް ހަނދާން ކޮށްލީމާ އިންތިގެ ބައެއް ހާއްސަ ބަސްތަކެއް މިއަދުވެސް ހަނދާން ވާނެއެވެ. އެއީ "އެކޮޅުކޮޅުން، ބަޅުކޮށް، އިދިކީލިކޮށް" އޭރުގެ ސަރުކާރު ހިނގާ ވާހަކައެވެ. އޭރު އިންތި އެވިދާޅުވި ސިފަ އޭގެ ފަހުން ފެންނަން މިފެށީ އަދި މާސާފު ކޮންނެވެ.

    މާލެ ސިޓީކައުންސިލްގެ ލޯގޯގައި ކުރިން އިންނަނީ މާލޭގެ ހުކުރު މިސްކިތު މުންނާރެވެ. އިސްލާމް ދީނާ ތާރީހާއި ސަގާފަތާއި ގައުމިއްޔަތާއި މާލެ އެއަށްވުރެ ރަނގަޅަށް ރަމްޒުވާ ލޯގޯއެއް މަދުވާނެއެވެ. 

    ޕީޕީއެމަށް ވެރިކަން ގެއްލި އެމްޑީޕީ ވެރިކަމަށް އަރާ އޮއްވާ ޕާޓީ ތެރޭގައި ޖެހި ހަޅައިގާ ދެވިލާގަނޑު ދޭތެރެެއިން މާލޭގެ މޭޔަރުކަމަށް ވަޑައިގަތީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ. މަގާމު ލިބިވަޑައިގަތުމާ އެކު އިންތިގެ "ދުލުވިހައިން" ކަމެއް ނޭނގެއެވެ. މޭޔަރު އެކޮޅުކޮޅުން ބަޅުކޮށް އިދިކީލިކޮށް ނިންމެވީ މާލެ ސިޓީ ކައުންސިލްގެ ލޯގޯ ބަދަލު ކުރައްވާށެވެ. 

    މިހާރުގެ ގައުމިއްޔަތު މިނިސްޓަރ އާދަމް ނަޞީރަށް ކޮންސަލްޓެންޓް ކަމުގައި ހުރެ އެކަމުގައި މުއިއްޒަށް ދެއްވުނު ލަފައެއް އިރުޝާދެއް ނެތެވެ. މުއިއްޒު ނިންމެވީ ލޯގޯގައި އިން މުންނާރު ތަޅާލާ، ތާރީހާއި ސަގާފަތު އެކޮޅުކޮޅުން ޖަހާ، މާނައެއް މަތުލަބެއް ގައުމިއްޔަތެއް ދީނެއް ރަމްޒު ނުވާ އެކި ކުލައިގެ ރޮނގު ނުވަތަ މަގުތަކަކަށް މާލެ ސިޓީގެ މިހާރުގެ ހުތުރު ލޯގޯ ބަދަލު ކުރާށެވެ. 

    މުއިއްޒު ގައުމިއްޔަތު އުވާލި ވާހަކަ އޭރު ބަޔަކު ނުދެއްކީ މިހާރު ފަދައިން ގައުމިއްޔަތުގެ ދަވާދު ލައިގެން އޭރުގެ މޭޔަރު އުޅުއްވާތަން ނުފެންނާތީ ކަމަށް ވެދާނެއެވެ. އަލަށް ހެދި ލޯގޯ މަގުތަކެއްހެން ސިފަކުރެވުނު ފަހުން އިވެންފެށި އަޑަކީ މާލޭގެ މަގުތައް ވިއްކާ ވާހަކައެވެ. 

    ކޮންމެ އަކަސް މާލެ ސިޓީ ކައުންސިލްގެ ގައުމިއްޔަތުގެ ލޯގޯގެ ކަންތައް އެކޮޅުކޮޅުން، ބަޅުކޮށް އިދިކީލިކޮށް ނިމިދިޔަ ގޮތަކީ މިއީއެވެ.

    ގައުމިއްޔަތާ ދީނާ ހުއްބުލް ވަތަނާ ދިވެހި ދިދައިން ކަޅިވެގެން ވެރިކަމަށް ވަޑައިގަތުމަށް ފަހު ގިނަ ކަންތައް ތަކެއް މެންޑޭޓް ކުރެވުނު އާބަންކޯގެ ނަމާ ލޯގޯ ވެސް ކުރީގެ  ގޮތަށް ހަމައެކަނި ގެދޮރުވެރިކަން ތަމްސީލުވާ ކުރީގެ ފުރާޅު ފެންނަ އެޗްޑީސީގެ ލޯގޯއަށް ދުއްވާލީ އިންތި ވިދާޅުވާހެން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލި ގޮތަށެވެ. 

    ފަތުރުވެރިކަމުގެ މަސައްކަތުގައި އަނބި ދަރިންނާ ވަކިން މުޅިއަހަރު އުޅެންޖެހޭ ރިސޯޓްތަކުގެ މުއައްޒަފުންނަށް އެންމެ ބުރަ ދުވަސް ވަރަކީ ޑިސެމްބަރު މަހާއި ޖެނުއަރީ މަހެވެ. ކްރިސް މަހާއި ނިއުޔިއަރއަށް އަންނަ ފަތުރުވެރިންނަށްޓަކާ އެދުވަސްވަރު ރިސޯޓުތައް ހާއްސަވެގެން ދާތީ މުއައްޒަފުންނަށް ޗުއްޓީއަކީ ލިބޭ އެއްޗެއް ނޫނެވެ.

    ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރާ ދިމާވާތީ ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މީހުނަށް ދަރިންގެ ޗުއްޓީގައި ދަރިންނާއެކު މުޅި އުމުރުގައިވެސް ޗުއްޓީ ހޭދަކޮށްލާނެ ފުރުސަތެއް ނުލިބުމުގެ ކަންބޮޑުވުން ހައްލުކޮށް ސްކޫލު ބޮޑު ޗުއްޓީ ޑިސެމްބަރުން އަހަރުގެ މެދުތެރެއަށް ބަދަލު ކުރީ ވަރުގަދަ ދިރާސާއަކަށް ފަހު ކުރީގެ ސަރުކާރުންނެވެ. ވެރިކަމަށް އެރުއްވުމާއެކު ތަނެއް ދޮރެއް ބައްލަވާ ލެއްވުމެއްނެތި ސްކޫލު ބޮޑުޗުއްޓީ ވެސް އެކޮޅުކޮޅުން ބަޅުކޮށް އިދިކީލި ކޮށް ބަދަލުކޮށް ނިންމަވާ ލެއްވީއެވެ. 

    ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ 3 ބާރުން އެއްބާރެވެ. ކޮންމެ އަހަރަކަށް އެމަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑައެޅުއްވުމަކީ ރާއްޖޭގެ އަންދުވަހު އާދައެވެ.

    ސަރުކާރު ބަންދުކޮށް ހުޅުވުމުގެ ބާރު އަބަދުވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ. ރައްޔިތުންގެ މަޖިލިހަށް ހައްގު ގަދަރާއި އިހުތިރާމަށްޓަކާ މީގެ ކުރިން ހުންނެވި ކޮންމެ ވެރިޔަކު މަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ.

    މަޖިލިހުގައި ތަޅުއަޅުވާ، ނުވިތާކަށް މެމްބަރުން ފާރުމަތިން އުކާލި ވެރިކަމުގައި ވެސް މަޖިލިސް ހުޅުވާ ދުވަސް ބަންދު ދުވަހަކަށް ހެއްދެވިއެވެ. މަޖިލިހުގެ މުހިންމުކަން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލި ކޮށް ޖަހާލާ، މަޖިލިސް ހުޅުވާ ދުވަހަކީ މާބޮޑު ދުވަހެއް ނޫންކަމަށް ނިންމި ވެރިޔަކު ދިވެހިން މިއޮތީ ހޯދައިފައެވެ. އެއީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ. 

    ކަންކަން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލިކޮށް މިހާރު ހިންގާލަނީ އިންތިގެ މަތިން ހަނދާން ނުވާ ވަރަކަށް ނޫނެވެ.

    ]]>
    Fri, 19 Jan 2024 15:30:36 +0500 ނިއުސް ޑެސްކް
    މުއިއްޒު ގައުމު ވައްޓާލަނީ ކުރިއަށްވުރެ މާ ބޮޑު އަނދަވަޅަކަށް https://heerasnews.com/2198 https://heerasnews.com/2198 ވެރިކަމަށް އަރާ ތިޔަ އުޅެގަތް ގޮތަކުން މުއިއްޒު ވެރިކަމަށް ގެންނަން ވޯޓުދިން އެތައް ބަޔަކު މުއިއްޒު ދޫކޮށްލައިފިއެވެ. މަކަރާ ހީލަތާ ބުހުތާން ދޮގު ހަދައިގެން ވެރިކަން ހޯދުނަސް މުއިއްޒުގެ ކިބައިން ކުރި އުންމީދު ކަނޑާލައިފިއެވެ.

    ރައީސް ޔާމީނު ފަކީރު އަދިވެސް އެހުންނެވީ ބަންދުގައެވެ. އިންޑިއާ ސިފައިންނޭ ކިޔައިގެން ހެދީ ރޯ ބުހުތާން ދޮގެވެ. ކުރީގެ ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީއަކުން ކަނޑުވިއްކާލި ކަމަށް ބުނި ސިޓީ މުއިއްޒު ސަރުކާރުން އާއްމު ކުރިއިރު އޭގައި ހައްބަ ހަލާުލު މުކައްބަވެސް ނެތެވެ.

    ރާއްޖޭގެ ކަންކަން ކޮންމެހެނެއް އޮތަސް ވަރިހަމަތާއެވެ. ދުނިޔޭގައި ބަޔަކު ކުރަންޏާ ކުރާހާ ކަމެއް ވާނީ ކުރަންތާއެވެ. ފޫކޮޅުގައި ކާށިފޮއްޗަކާ ލައިގެން ކާނެ މަސް ފޮއްޗެއް ނެތަސް ވަރިހަމަތާއެވެ. 

    ރާއްޖޭން ޑްރޯން އަރުވައިގެން ސަރަހައްދު ބަލަހައްޓަން މުއިއްޒު ސަރުކާރުން ނިންމައިފިއެވެ. އާނއެކެވެ. ސަރަހައްދު ބަލަހައްޓަން ޑްރޯން ބޭނުން ކުރުމަކީ ދުނިޔޭގައި އައުކަމެއް ނޫނެވެ. ކިތަންމެ ބަޔަކު ކޮށްއުޅޭކަމެކެވެ.

    އެހެނެއް ކަމަކު އެވަރުގެ ވަރުގަދަ އޮޕަރޭޝަނެއް މެދުނުކެނޑި ހިންގާލެވޭ ވަރުގެ ފޯރުންތެރި ކަމެއް ދިވެހި ދައުލަތަކު ނުހުންނާނެއެވެ. އާއްމު ރައްޔިތުންނަށް އަތްފޯރާފަށަށް ކާބޯތަކެއްޗާއި ބޭސް ފަރުވާއާއި އަސާސީ ހިދުމަތްތައް ފޯރުވާ ނުދެވިގެން އުޅޭއިރު ތިޔަ ޖަހަން އުޅެނީ ކޮން މަރު ސަކަރާތެއް ހެއްޔެވެ.

    ބަޔަކު ސެޓެލައިޓް ޖައްވަށް ފޮނުވާ ރޮކެޓް އަރުވާ ހެއްޖަކަސް އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ. ގައުމީ އާގު ބޯޓު ކުންފުންޏަށް ކަތީބަކު ލައިގެން އާގު ބޯޓު ދުއްވަން އުޅޭހެން ކަންކަމެއް ނުވާނެއެވެ.

    ކުރީ ސަރުކާރުން ދިންގޮތަށް އެއްވެސް ބަދަލެއް ނުގެނަސް ހަވާލުކުރަން ބުނި މާލޭ މީހުންގެ ގޯތިތަކާ ފުލެޓްތައް ދޭކަށް ނޫޅެއެވެ. އެކަމާ ކަންބޮޑުވެގެން އުޅޭ މީހުން ފުލުހުން ފޮނުވައިގެން ތަޅާ ރޯނާ ގަންނަވާލިޔަކަސް ވައުދުވީ ގޮތަށް ކަންކުރެވޭ ކަމަކަށް ނުވާނެއެވެ.

    ކެންޕޭނަށް ގޮސް އުޅުނު އިރު ކަންފަތް ދޮށުގައި ސިއްރު ސިއްރުން މީހުން އެދުނީ ވަޒީފާއިން ވަކި ނުކޮށް ބައިތިއްބާ ދޭށޭ ގައިމު ބުންޏެވެ. އެކަމަށްޓަކައި ވަކި ނުކުރާން ބުނި ވަޒީފާ ތަކުން މީހުން ކަނޑަނީ ދޮންކަޅު އަންގާ ނުލައެވެ. ވަޒީފާއިން ވަކިނުކުރާނެ ކަމަށް ބުނި ފެނަކަ މުއައްޒަފުން ކަނޑާލުމުން ނިކުމެ އެތިބީ މަގުމަތީ މުޒާހަރާގައެވެ. ދޭން ބުނި ގޯތިތަކާ ފްލެޓްތައް ހަވާލުނު ކޮށްގެން އެއްވާނަކަށް އެތިބަ ޖެހެނީއެވެ.

    އެކަމަކު އަތްގުޅިނުކާ މުސާރަގައި މީހުންތައް ސިޔާސީ މަގާމުތަކަށްލާ މަތި ބަރުކުރަނީއެވެ. ކުށުގެ ރެކޯޑެއް ތަނެއް ދޮރެއް ބަލަނީއެއް ނޫނެވެ. މެންބަރުން ގަތުމާ މުއައްސަސާތަކާ ކުންފުނިތައް އުފައްދަނީ އަޑު ކިޔާލާފައެވެ.

    ސިޓީ ކައުންސިލް ބާރުވެރިކޮށް އެޗްޑީސީ އުވާލާ ސިޓީ ކައުންސިލާ ހަވާލުކުރަން ބުނި ހުޅުމާލެ ވެސް ސަރުކާރުން ބައްކުރަނީއެވެ. ވަޒީރުން ފޮނުވައިގެން މާލެ ސިޓީ ކައުންސިލް ކޮށާ ކުދިކޮށް ވިހާ މަރުވާ ބަލަހައްޓާ ތަނަކަށް ބަދަލުކޮށްލަނީއެވެ.

    އިންޑިއާއަށް ގޮތްދޫ ނުކުރާން އަތު އޮތް ޑޯނިއަރ މަތިން ދާބޯޓް ބޭނުން ނުކުރުމުން އައްޑޫން ޒުވާނަކު ކަނޑުވެ ގެއްލި ދިއައީއެވެ. ހެލްކޮޕްޓަރ ހުރެމެ އެ ބޭނުން ނުކުރާން ބޮޑާވެ ގަތުމުން ގއ. ވިލިގިލިން ބަލިމީހަކު ހާލުބޮޑުވެ މާލެ ގެެނެވޭ ގޮތްނުވެގެން ރައްޔިތުން މަގަށް ނިކުމެ ހޮސްޕިޓަލްގެ ނަން ހެލްތު ޕޯސްޓަށް ބަދަލު ކުރީއެވެ.

    މުއިއްޒެވެ. އަދިވެސް ހޭއަރާކަށް ނުވޭ ހެއްޔެވެ. ތިޔަ ހުރި ބޮޑަކަމާއި ގޮތް ދޫނުކުރުން ދޫކޮށް ހަމަ ބިމަށް ފައިބާކަށް ނުވޭހެއްޔެވެ. ހަމަ ތެދެކެވެ. ކުރީގެ ވެރިކަން ތަކުގައި ހެދިގޯސް ނުހަދާ ހެޔޮވެރިކަމެއް ކުރަން ލިބުނު ފުރުސަތުގައި ގައުމު ތިޔަ ވައްޓާލަނީ ކުރިއަށް ވުރެވެސް މާ ބޮޑު އަނދަ ވަޅަކަށެވެ. 

    ]]>
    Fri, 19 Jan 2024 11:38:39 +0500 ނިއުސް ޑެސްކް
    އާސަންދަ: މުއިއްޒު ވެރިކަމުގެ ކެންސަރު https://heerasnews.com/2197 https://heerasnews.com/2197 ރަންކޮޅާ ރައީސް މުއިއްޒޫއެވެ. ހަމަ ބިމަށް ތިރިވެ މަތި ބަލައިލަ ބަލާށެވެ. ރަން ބުއްދި ނުވެ ވިސްނާ ފިކުރުކޮށްލަ ބަލާށެވެ. ދެއްކޭ ނުދެއްކޭ ވާހަކައަށް އެކަނި އިނދެ ވިސްނާލަ ބަލާށެވެ. ވަށައިގެން ތިބެ ހުޝާމަދު ކުރާ މީހުންނާ މެދު ހުޅުވިފައިވާ ލޮލަކުން ބަލައިބަލާށެވެ. ބޮކަށް ރަންފުށް މައްޗަށް އެރިގެން އުޅޭހެން ނޫޅެބަލާށެވެ.

    ރާއްޖޭގެ ވެރިކަމަށް އެރިފަހުން އަދި މިވީ އެންމެ ދެމަހެވެ. ރާއްޖޭގެ ހާލަތާ މެދު ކުޑަކޮށްވެސް ވިސްނާލީމު ހެއްޔެވެ. ރައްޔިތުންގެ އިހުސާސާއި ވިންދު ހުރިގޮތް އެއްވެސް ވަރަކަށް އެނގޭ ހެއްޔެވެ. ސްމާޓް ފޯނު ހިފައިގެން ރީތި ހެދުން ލައިގެން މީހުން އުޅޭތީ ފޯރާފަ އިތުރު ވެގެން އުޅެނީއޭ ހީވަނީ ހެއްޔެވެ. މިލިޔަނުން ޑޮލަރުވަންނަ ރިސޯޓްތައް ރާއްޖޭގައި ހުންނާތީ ރައްޔިތުން ތިބެނީ ވަރަށް ފުދިގެންނޭ ހީވަނީ ހެއްޔެވެ. 

    ހަމަ ތެދެކެވެ. ފަސް އިރު ރަނގަޅަށް ކައިބޮއެ އުޅެވެނީ އިނގިލިން ގުނާލެވޭހާ މަދު ބަޔަކަށެވެ. ކަރަންޓް ބިލު ދައްކައިފިއްޔާ އެމަހު ހައިހޫނު ކަން ފިލާވަރަށް ނުކައި ތިބޭ އާއިލާތައް ރާއްޖޭގެ ކަންކޮޅު ތަކުގައި އިންތިހާއެވެ. މަހުން މަހަށް މުސާރައެއް ގަވައިދުން ލިބޭ މީހަކު ވިއްޔާ ހުރީ ދަރަނީގެ ދަންތުރައިގައެވެ. އާޒިމާ ޝުކޫރުމެން މިލިޔަން މިލިޔަނުން ދަރާ ފައިސާ ނުދެއްކިފައި ތިބޭއިރު އާދައިގެ މީހާ ހުންނާނީ ކޮން ހާލެއްގައި ހެއްޔެވެ. މިހެން ކިޔާފަ ނުކިޔާނެ ވަކި ކަމެއް ނެތެވެ.

    ކިތަންމެ ބޭނުން ވިޔަސް މަތިހަށި ނަގާފައި ނެތްވަރު ދައްކަން އުޅޭކަށް ނުވާނެއެވެ. ނުވާވަރުން ކަންކަން ކުރަން އުޅެން ހެޔޮނުވާނެއެވެ. މުޅި ދައުލަތް ވެލްފެއަރ ސްޓޭޓަކަށް ބަދަލުކޮށްގެން ނުފޯރާ ފޮތިން ފޫގަޅަން ހަދައިގެން އެކީ އެކައްޗަކަށް ދައުލަތް އޮތީ މިހާރުވެސް ބަރަހަނާ ވެފައެވެ.

    ނުވާވަރުން ކުރަންއުޅޭ ކަންކަމުގެ ތެރެއިން ސަރުކާރުންދޭ އާސަންދަޔަށް އެކަނި ވިސްނާލިޔަސް ހީބިހި ނަގައެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކް ތަކާއި ބޭސް ފިހާރަތަކަށް ދައުލަތުން ދައްކަން އޮތް ފައިސާގެ ގިނަ ކަމުން އެތަންތަން ހިންގޭކަށް ނެތެވެ. އާސަންދައިން ފައިސާ ނުލިބިގެން އެތަންތާ ތަޅުއަޅުވަން ޖެހޭނީ މިއަދު ނޫނީ މާދަމާ ނޫންކަމެއް ނޭގެއެވެ.

    އަވައްޓެރި ލަންކާއާއި އިންޑިއާގެ ހޮސްޕީޓަލްތަކާއި ލެބޯޓަރީ ތަކާއި ބޭސް ފިހާރަތަކަށް ދަންކަން ފައިސާ އޮތީ މަދެއް ސުމާރެއްކޮށް ނޫނެވެ. އާސަންދައިން ބޭސް ފަރުވާއަށް ފުރަންޖެހި ނުފުރިފައި ތިބީވެސް އެތައް ސަތޭކަ ބައެކެވެ. ވާނީވެސް އެހެންތާއެވެ. ހިދުމަތް ދިނުމުގައި ރާއްޖޭގެ ހޮސްޕިޓަލެކޭ ހެލްތު ޕޯސްޓެކޭ ތަފާތެއް ނެތުމުން އެންމެންވެސް ފުރަފުރައިގެން ބޭހަށް ދާންޖެހެނީ ބޭރަށެވެ.

    އާސަންދައިގެ ހާލު އެހެން އޮއްވާ ވެރިކަމަށް އެރިގޮތަށް އަރާ އާސަންދައިން ހަރަދު ކުރާނެ އައު ކަންތައް ތަކެއް އިތުރުކޮށް އާސަންދައިގެ ބުރަ އިހުނަށްވުރެ ވެސް ބޮޑުކޮށްލީއެވެ. ބޯން މެރޯއާއި މެޑިކަލް ޗެކަޕާއި ދަރިމައި ކުރުވުމަށް ދާންދެން އާސަންދައަށް މަހާލީއެވެ. ގިނަކަންކަން ރާއްޖޭން ކުރެވެން ނެތްއިރު އެންމެ ކައިރިން އެންމެ ހަރަދު ކުޑަކޮށް ކުރެވެން އޮތީ އިންޑިއާ އިންނެވެ.

    އެހެނެއް ކަމަކު އިންޑިއާއަށް ވުރެ ދެރަނުވާށާއި ބަހުގަ ނުޖެހޭން ބެންކޮކާއި ދުބާއިން އާސަންދައިން ބޭސް ފަރުވާކުރަން ހަމަ ޖެއްސާއިރު އަމިއްލަ ހާލެއް ނޭނގެއެވެ. ކިތަންމެ ވާކަން ދެއްކުމަށް ބޭނުން ވިޔަސް ހިފަން އުޅެންވާނީ ހިފޭ ވަރުންނެވެ. ދުބާއީއާއި ބެންކޮކްގެ ބޭސްފަރުވާ ކިތަންމެހާވެސް ރަނގަޅު ވާނެކަން ނޭނގެނީ ކާކަށް ހެއްޔެވެ. މިހާތަނަށް އެކަން ނުކުރެވި އޮތީ ކުރިން ކުރަން އުޅުނު ބަޔަކަށް އެކަން ނޭގިގެނެއް ނޫނެވެ. ދާމޫގަނޑުގައި އެވަރު ނެތިގެންނެވެ.

    ކުއްލި ހާލަތުގައި ބަލިމީހުން ބެންކޮކަށް ކީއްކުރަން ހެއްޔެވެ. އެމެރިކާއަށްވެސް ގެންދެވޭ ވަރުގެ ގޮތްތައް ދުނިޔޭގެ ތަންތާ އެބަހުއްޓެވެ. އެކަމަކު ބަޔަކު ކުރާހާ ކަމެއް އަހަރެމެން ކުރާނީ ކިހިނެއް ހެއްޔެވެ. ޑޭޝް8 ބޯޓުގައި ބަލިމީހުން ބެންކޮކަށް ގެންގޮސްދޭން ބުނެފައި އެހެން ނުބުނާ ކަމަށް ހަދަން ސައިޓަށް އެވާހަކަ ލާލާފައި ނެގިޔަސް ކުރެވޭނީ ކުރެވޭ ވަރުގެ ކަންކަމެވެ. ބަޔަކަށް ޖެއްސުމަށް ވެސް ކަމެއް ފަށަން ވާނީ ބަރުމަރުކާ އަޑިއަށް ނުދާވަރު ބަލައިގެނެވެ. މިހާވަރުން ދަންޏާ އާސަންދައަކީ މުއިއްޒު ސަރުކާރުގެ ކެންސަރަށް ނުވެއެއް ނުދާނެއެވެ،

    ]]>
    Fri, 19 Jan 2024 10:21:29 +0500 ނިއުސް ޑެސްކް
    މާމުއި ހަނދުގެ މޫސުން ނިމެނީ މުއިއްޒު ބޮލާފޮށާ އެޅިގެން! https://heerasnews.com/2196 https://heerasnews.com/2196 މާމުއި ހަނދުގެ މޫސުން (ހަނީމޫން ޕީރިއަޑް) ޑރ. މުއިއްޒު ސަރުކާރަށް ދެމަސް ވުމާއެކު ނިމިއްޖެއެވެ. ހަނީމޫން ޕީރިއަޑްގައި މުއިއްޒު ހޮއްލީ ހޮޅިއެވެ. މާމުއި ހަނދުގެ މޫސުމުގައި މުއިއްޒު ގިރަނީ ރަނބައެވެ. އިސްކުރީ ފަސަދައާއި މަކަރާ ހީލަތެވެ. ބަހަނީ ރިޝްވަތެވެ. ކުރަނީ އިސްރާފެވެ. ޖެހިފިތި ބާރުވެ ކަނޑަނީ އަވައްޓެރި ކަމުގެ ގުޅުމެވެ. ހިއްކުމުގެ ކުރިން ވިއްކަނީއެވެ.   

    ވެރިކަމަށް އެރީ މަތި ލުއި ގާބިލު ސަރުކާރެއް ހިންގާށެވެ. އެކަމަކު ސިޔާސީ މަގާމު ދިނުމުގައި އެމީހެއް މިމީހެއް ކުށުގެ ރެކޯޑެއް ދަރަންޏެއް އަރަންޏެއް ނުބަލައެވެ. މީހަކަށް މަހަކު 66000.00 ރުފިޔާ ދޭ 45 ވަޒީރުން ލައިފިއެވެ. މަހަކު 42000.00 ރުފިޔާ ލިބޭ އަށްޑިހަ އެތައް ސްޓޭޓް މިނިސްޓަރުން އެބަތިއްބެވެ. މީހަކަށް 32000.00 ރުފިޔާ މަހަކުދޭ 160އަށްވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ވެސް ލައިފިއެވެ. އަދިވެސް ލަމުން ލަމުން ދަނީއެވެ.

    ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރާއި ނައިބު ރައީސް ގަނޑުވަރުގައި އެކި ފެންވަރުގެ 400އެއްހާ ސިޔާސީ މުއައްޒަފުން އެބަތިއްބެވެ. ކޮންމެ މިނިސްޓްރީއެއްގައި ސިނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުން ތިބީ ހައްދެއް ނެތް މިންވަރަށެވެ. އަތޮޅުތަކުގައި އެކި ނަންނަމުގައި ތިބިހާ ސިޔާސީ މުއައްޒަފުން އިންތިހާއެވެ. އެ މީހުންގެ މުސާރައާއި އިނާޔަތް ތަކަށް މަަހަކު ވިއްސަކަށް މިލިޔަން ރުފިޔާ އެބަ ހޭދަކުރެއެވެ. ދުވަހަކު އެބުނާ 700 ސިޔާސީ މަގާމް ހަމަވާ ކަމަކަށް ނުހަދައެވެ. އުޑެއް ބުޑެއް ނޭނގޭ އެތައް ބަޔަކަށް ސިޔާސީ މަގާމު ދީގެން މުސާރަ ދިނުމަށް ދައުލަތުގެ ފައިސާ ހޭދަކުރުމުގައި ހައްދެއް ނެތެވެ. 

    ޕާޓީއަށް މަޖިލީހުން މެންބަރުން ގަންނަން ފަންސާސް އެތައް މިލިޔަނެއް ހަރަދުކޮށްފިއެވެ. އެންމެ ހަތަރު މަސް ދުވަހުގެ މުހުލަތަށެވެ. ވެރިކަމުގައި ބަގުޑި ބައްދަން މަޖިލީހުގެ ގިނަ ގޮނޑިތަކެއް ނުހޯދައެއް ނުވާނެތާއެވެ.

    އަންނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް މުއިއްޒު ހޯދަން ބޮޑެތި ފައިސާ ވެރިންނަށް ޕާޓީ ސްލޮޓް ދައްކައިގެން އެތައް ބިލިޔަން ރުފިޔާއެއް ކަޅާކޮށްލައިފިއެވެ. މާލެ ސިޓީ މޭޔަރު ކަމުގައި ހުރިއިރު މާލޭގެ އެތަން މިތަނުން އެއް ޕާކިން ސްލޮޓް އެތައް ބަޔަކަށް ވިއްކިހެން، ޕީއެންސީ މަޖިލިސް ސްލޮޓް ތަކުން ވަކި ސްލޮޓްތަކެއް ވަކި ބަޔަކަށް ހާއްސަ ކުރުމަށް ފަހު ދެން ހުރި ކޮންމެ ސްލޮޓެއް އެތައް ބަޔަކަށް ވިއްކައިފިއެވެ.

    ފުނަދޫ ދާއިރާގެ ސްލޮޓް އަދުރޭއަށް މިލްކުކޮށް ދިން އިރު މުއިއްޒުގެ ކޮއްކޯފުޅު ސައުދާއަށް ފ. ނިލަންދޫ ދައިރާގެ ސްލޮޓް ހާއްސަކުރީ ވާދަކޮށްފާނެހެން ހީވާ ކޮންމެ މީހަކަށް ނުއެކަށޭނަ ބޮޑު ސިޔާސީ މަގާމް ދީގެންނެވެ. މުއިއްޒުގެ ދެބެންގެ ދެދަރި ބޭބޭފުޅު ނަމިރާ ނާޒިމަށް ދިއްގަރު ދާއިރާ ދިނީ ހިބައިންނެވެ. ރެޑްވޭވް ސަލީމަށް އޭދަފުށީ ދާއިރާގެ ސްލޮޓް ދިނީ ހިތަކަށެވެ. 

    ދާއިރާ ތަކުގައި ކުރިއްސުރެ ޕްރޮގްރެސިވް ކޯލިޝަންގެ ރޫހު ދިރުވާ އާލާކޮށް ޖާނާ މާލުން ގުރުބާންވި މީހުންނަށް އެއްވެސް އިހުތިރާމެއް އިސްކަމެއް މުއިއްޒު ނުދިނެވެ. ކޮންމެ ދާއރާއަކަށް އެދާއިރާގެ މީހުން ދުވަހަކު ލޯނުދެކޭ ބަޔަކު މުއިއްޒުގެ ކެންޑިޑޭޓުން ގޮތުގައި ނެރެގެން ފައިސާއަޅާ ދާއިރާތައް ގަރަނބު ކޮށްލައިފިއެވެ. ރިޝްވަތާ ފަސާދައިގެ ތެރެއަށް ދާއިރާތައް ވައްޓާލީއެވެ.

    އިހަށް ކުރަން ވާކަމެއް ފަހަށް ކުރަންވާ ކަމެއް ނޭނގި ކަންނުކޮށް ނަންވުމަށް ބިލިޔަން ހަރަދު ކުރަނީއެވެ. މުއިއްޒުގެ ކަމަކީ އަމިއްލަ މަގުބޫލުކަން މީހުންގެ ތެރޭގައި ނެތުމުން ސެލްފް ޕްރަމޯޝަނަށް ހަރަދު ކުރުމެވެ. ދައުލަތުން ކުރާނެހާ ކަމެއް ކުރަމުން ދައުލަތް ދަރަނިވެރިވެފައި ވާހަކަ ދައްކަނީ ރައްޔިތުންގެ ހަމްދަރުދީ ހޯދުމަށެވެ.

    އެއްޗެއް ނުފޮރުވާން ހުވާކޮށްގެން ވެރިކަން ހޯދި މުއިއްޒަށް ހައްސާސްކަން ބޮޑުވެ ހާމަކުރެވޭ އެއްޗެއް ނެތެވެ. ފެނަކައިން މުއައްޒަފުން ވަކި ނުކުރާން ވަދުވެގެން ވޯޓު ހޯދި މުއިއްޒު ވެރިކަމަށް އެރިގޮތަށް ކަނޑަނީ ފެނަކައިގެ މުއައްޒަފުންނެވެ. ރައީސް ޔާމީނު މިނިވަން ކުރުމާއި އިންޑިއާ ސިފައިން ބޭލުމާއި ގެއްލުނު ކަނޑުވީ ހިޔާލީ ފޮލާއަކަށެވެ. މާމުއި ހަނދުގެ މޫސުން ނިމިދާ ގޮތުން މުއިއްޒު ބޮލާފޮށާ އެޅޭތަން އެބަފެނެއެވެ. 

    ]]>
    Thu, 18 Jan 2024 15:03:37 +0500 ނިއުސް ޑެސްކް
    މާލެ ސިޓީ ކައުންސިލަށް: ބޭނުންވަނީ ދިދަފަތި ދަމާދޭން ތިބެންތަ! https://heerasnews.com/2195 https://heerasnews.com/2195 އާނއެކެވެ. މާލޭ ސިޓީ ކައުންސިލްގެ މަސައްކަތް ވަކިގޮތަކަށް ނިންމަން ސަރުކާރުން އެއްވެސް ނުފޫޒެއް ކައުންސިލްގެ މައްޗަކަށް ނުފޯރުވައެވެ. ނިންމި ކަމެއް ނިންމީ ކައުންސިލުގެ މެންބަރުންގެ މެދުގައި ނެގިވޯޓަކުންނެވެ. 

    މާލޭ ސިޓީކައުންސިލަށްް ރައްޔިތުން މޭޔަރަކު އިންތިހާބުކޮށް އެ މޭޔަރު މަގާމާއި ހަވާލުވާން ވަނީ ތައްޔާރުވެފައެވެ. އައު މޭޔަރ މަގާމާ ހަވާލު ވުމުގެ ކުރީން މާލޭ ސިޓީ ކައުންސިލުން ކައުންސިލްގެ ވާގި އަމިއްލައަށް ނައްތާލާތަން ދަނީ ފެންނަމުންނެވެ.

    މާލެސިޓީ ކައުންސިލުން ހިންގަމުންއައި 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މަޝްރޫއު ތަކެއް ސަރުކާރާ ހަވާލު ކުރަން ނިންމީ ކައުންސިލުގެ ބާރު އަމިއްލައަށް ކަނޑުވާލުމަށެވެ. އެވަރުގެ ނިންމުމެއް ނިންމާނީ ކިހާ އިހުލާސްތެރި ކައުންސިލެއް ވީމާ ހެއްޔެވެ. އަވަސް އަރުވާލައިގެން  ކައުންސިލުން އެ ނިންމުން ނިންމުމުގެ ފަހަތުގައި ނުފޫޒެއް ނެތޭ ބުނީމާ ގަބޫލު ކުރާނީ ކާކު ހެއްޔެވެ. 

    މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ކަންތައް ތަކެއް ކައުންސިލުން ނުކުރާން ނިންމާ އެހެން ބަޔަކާ އެކަން ކުރަން ހަވާލު ކުރާނީ ކިހާ ޒިންމާދާރުކަން ކުޑަވީމަ ހެއްޔެވެ.

    މާލެ ސިޓީގެ ކަންކަން ކުރިއަށް ގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވަނިކޮށް ޑެޕިއުޓީ މޭޔަރު ނަރީސް އިސްވެހުރެ ސިޓީ ކައުންސިލްގެ ވާގިނައްތާލަން ނޫޅެ، ކަން ނުވަންޏާ އިސްތިއުފާ ދީފާ ވާ ބަޔަކާ ގާނޫނީ ޒިންމާ ހަވާލު ކުރާށެވެ. 

    ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް ރައީސް އޮފީހުން ވަޒީރުން ފޮނުވައިގެން ސިޓީ ކައުންސިލްގެ އަތް ބަންނަން މުއިއްޒެއް ކަމަކު އުޅޭނެކަމެއް ނެތެވެ. މޭޔަރަކަށް އާޒިމާ ނުހޮވުމުގެ އުގޫބާތް މާލޭ ރައްޔިތުންނަށް ދޭން ނުހަދާށެވެ. 

    އާދަމް އާޒިމުގެ މޭޔަރު ކަމުގައި މާލޭ ރައްޔިތުން އެދޭ ހެޔޮ ބަދަލު ލިބުނަ ނުދިނުމަށް މުއިއްޒާ ގުޅިގެން ނަރީޝްމެން އުޅުމުގެ މާނައެއް ނެތެވެ. ރައީސް ޔާމީނު ވަރެއް ނެތިގެން ކުރިން އުޅުނު އެންމެންގަނޑު މުއިއްޒު ފަހަތުގައި ރުކުރުވާ ލައިގެން ތިޔަ ތިބިއްޔަކީ އިހުލާސްތެރި ކަމަކުން ނޫނެވެ.

    އަމްދުން ރައީސް މުއިއްޒަށް އެއްބާރުލުން ދިނަސް ނުދިނަސް ސިޓީ ކައުންސިލުގެ ކައުންސިލަރުންނަށް ގެއްލޭނެ އެއްޗެއް ނުއޮންނާނެއެވެ. އައު މޭޔަރާ ގުޅިގެން މާލޭއަކީ ރައްކާތެރި އަމާން، މީހުން އުޅޭ ހިތްވާ ކަހަލަ ސިޓީއަކަށް ހެދުމަށްވުރެ ބޮޑު ކާމިޔާބެއް ކައުންސިލަރުންނަކަށް ނުއޮންނާނެއެވެ. 

    ގައުމާއި އަމިއްލަ ސިޓީއަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތުގައި ރައީސް ބޭނުންވާހާ ގޮތް ގޮތަށް ކަންފަހިކޮށް ދޭން އުޅުމަށްވުރެ ކައުންސިލް ބޭނުންވާ ގޮތަށް ރައީސް ލައްވާ ކަންކަން ކުރަން އުޅުން މާ ބުއްދިވެރި ވާނެއެވެ. ކައުންސިލްގައި އޮންނަ ބާރުތައް ސަރުކާރަށް ދީގެން ސަރުކާރުން ބޭނުން ވީމާ ދިދަފަތި ދަމަން ތިބޭ ބަޔަކަށް ކައުންސިލަރުން ނުވުމަށް ނަރީޝް މެން ވިސްނާން އެބަ ޖެހެއެވެ. 

    ]]>
    Thu, 18 Jan 2024 12:03:39 +0500 ނިއުސް ޑެސްކް