Maldives Real Time Facts & : ހިނގާގޮތް https://heerasnews.com/rss/category/ހާދިސާ Maldives Real Time Facts & : ހިނގާގޮތް dv ކޮޕީރައިޓް: Heerasnews llp (P013622021) ރައީސް ޔާމީނުގެ ހައްގު ހޯދާދިނުމަށް މުއިއްޒު އިސްތިއުފާދީ! https://heerasnews.com/2409 https://heerasnews.com/2409 ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްތައް ހަރާން ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ. 480 ދުވަސް ފަހުން ހުކުމް ބާތިލުކުރީ އަލުން ބެލުމަށެވެ.  

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ޑިސެމްބަރު 25 ގައެވެ. ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. މައްސަލައިގެ ޝަރީއަތް ފެށުނީ  2023 ޖޫން މަހުއެވެ. އަޑުއެހުންތައް ނިންމާލީ 2023 ނޮވެމްބަރު 21 ގައެވެ.

ރައީސް ޔާމީނަށް ކުރި ހުކުން ހަރާން ކަމަށް ހައިކޯޓުން ކަނޑައެޅުމާއެކު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ދެން އިތުރަށް ކުރިއަށް ދާނެ ކަމަކަށް ނުބެލެވެއެވެ. ރައީސް ޔާމީނާއި އަދީބު މައުސޫމުންނަށްވެ ނިމުނީއެވެ. ދައުލަތުން ގެއްލުނު ކަމަށް ބެލެވުނު އެތައް ސަތޭކަ މިލިޔަން ޑޮލަރު ދައުލަތަށް ލިބުމުގެ މަގު ބަންދުވީއެވެ.

އެފްޕީއައިޑީގެ ހިޔާނާތާއި އެއަރ މޯލްޑިވްސް ހިޔާނާތުގެ މައްސަލަ ދިޔަމަގުން ގޮސް އެމްއެމްޕީއާރުސީގެ މައްސަލަވެސް ކޮޅު މަގަށް އަރާ ނިމުނީ ކަމަށް ބެލެވެއެވެ.

ބާތިލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީނަށް ގެއްލުނު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ހައްގު އަނބުރާ ރައީސް ޔާމީނަށް އިޔާދަކޮށް ދޭން ނުޖެހި ފަރަކު ޖެއްސޭކަށް ވެސް ނެތެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެން ހުންނެވި ރައީސް ޔާމީނަށް އެ ފުރުސަތު ގެއްލިގެން ނުވާނެއެވެ. 

ހައްގު ނޫން އަނިޔާއެއް ރައީސް ޔާމީނަށް ލިބި ވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވިއެވެ. އެހެން އެކަން އޮތުމުން މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމަށް ފަހު ރައީސް ޔާމީނު މިނިވަން ނުކުރައްވާ ހުންނެވި ހުންނެވުމަކީ ރައީސް މުއިއްޒު ވަގުތުން އަޒުލް ކުރަން ޖެހޭވަރުގެ ކަމެކެވެ. ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރި ވުމަށް ރައީސް ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފުވެގެންނެވެ. 

ރައީސް މުއިއްޒު އަޒުލުކޮށް އަލުން ރިޔާސީ އިންތިހާބަކަށް ދިޔުމަކީ ރައީސް ޔާމީނުގެ ގެއްލުނު ހައްގު ހޯދާ ދެވޭނެ އެންމެ އިންސާފުވެރި ގޮތެވެ. ނޫނީ ރައީސް ޔާމީނުގެ ހައްގު ހޯދާ ދިނުމަށް ޑރ. މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަންޖެހެއެވެ. 

]]>
Thu, 18 Apr 2024 20:31:16 +0500 ހީރަސްނިއުސް
މުއިއްޒަށް މަޖިލިސް ދިނުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން https://heerasnews.com/2399 https://heerasnews.com/2399 ރައްޔިތުންގެ މަޖިލިސް އިންތިހާބު އައުމާއެކު ސަރުކާރު ހިންގާ ފަރާތަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅޭތަން ކޮންމެ ފަހަރަކު ފެނެއެވެ. އައު ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން އެނޫން އިންތިހާބެއް އަދި ނުބާއްވައެވެ. އެހެން އެކަންވަނީ ރާއްޖޭގެ ގާނޫނު އަސާސީ އޮންނަ ގޮތުންނެވެ. 

މަޖިލީހުގެ މަސައްކަތަކީ ގާނޫނު ހެދުމާއި ބަޖެޓް ފާސްކުރުމާއި ސަރުކާރު ޖަވާބު ދާރީ ކުރުވުމެވެ. ކަން އެހެން އޮތަސް ރައްޔިތުން މަޖިލީހަކީ ވަކިބާރެއްގެ ގޮތުގައި އޮންނައިރު މަޖިލީހުގެ ކޮންޓްރޯލު ސަރުކާރަށް ހޯދަން އުޅެނީ ކަމެއްވެގެންތާއެވެ. 

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެސަބަބުތަކަށް މަތިމަތިން ބަލަލާއިރު އަންނަނިވި ކަންކަން ފަހަގަ ކުރެވެއެވެ.

  • ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓް ފާސްކުރުން.
  • އެވަގުތަކު ސަރުކާރު ހިންގަން ތިބޭ ބަޔަކު ބޭނުންވާހާ ގޮތަކަށް ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުން.
  • ދައުލަތުގެ މަގާމުތަކަށް އިސްކުރެވޭ މީހުންގެ ތެރެއިން މަޖިލީހުގެ ރުހުން ލިބިގެން އިސްކުރަން ޖެހޭ މަގާމުތަކަށް ސަރުކާރުން ބޭނުންވެގެން ރުހުން ހޯދަން ފޮނުވާހާ މީހަކީ ކޮންމެފަދަ މީހަކަސް އެ މީހަކަށް ރުހުން ހޯދުން.
  • މިނިވަން މުއައްސަސާތައް ސަރުކާރުން ބޭނުންވާހާ ގޮތަކަށް އޮޕަރޭޓް ކުރުވުން.
  • މުޅި ދައުލަތުގެ މާލީ ނިޒާމް ސަރުކާރުން ބޭނުންވާ އިރެއްގައި ބޭނުންވާހާ ގޮތަކަށް ކޮންޓްރޯލު ކުރުން.
  • ޖުޑިޝަރީގެ ކޮންޓްރޯލް ސަރުކާރުގައި ބޭއްވުން
  • ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ކޮންމެ ފަދަ ކަމެއް ކުރިޔަސް މަގާމުން ވަކި ކުރިޔަ ނުދިނުން.

ކޮންމެ ބަޔަކު ސަރުކާރުގައި ތިއްބަސް މަޖިލީހުގެ ކޮންޓްރޯލު ސަރުކާރަށް ހޯދެން އޮތްގޮތަކަށް ހޯދަން މަސައްކަތް ކުރަނީ އެހެންވެއެވެ. ރިޝްވަތުދީ ގަނެލައިގެންވެސް މެންބަރުން ސަރުކާރު ކޮޅަށް އަނބުރާލަން ސަރުކާރުތަކުން މަސައްކަތް ކުރަނީ އެހެންވެއެވެ.

ދާއިރާގައި ހިންގާންޖެހޭ ތަރައްގީގެ ޕްރޮޖެކްޓް ހިންގުމަކާ މަޖިލީހުގެ މެންބަރަކާ ގުޅުމެއް ހަގީގަތުގައި ނޯވެއެވެ. އެކަން އެނގެނީ ސަރުކާރަށް ތާއީދު ކުރިޔަސް ކޮންމެ ކޮންމެ މެންބަރަކަށް ސަރުކާރުތެރޭން ދާއިރާއަކަށް ރައްޔިތުންނަކަށް ކަންކަން ކޮށެއް ނުދެވެއެވެ. ކަންކަން ކުރެވެނީ އެ މެންބަރެއް ނުފޫޒު ސަރުކާރަށް އޮތް މިންވަރެއްގެ މައްޗަށެވެ. 

ސަރުކާރުން މަޖިލިސް ކޮންޓްރޯލު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫނެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދެވޭނެ ތީއެއްވެސް ނޫނެވެ. މުޅި ދައުލަތް ރައީސްގެ މުށުތެރެއަށް ލުމަށެވެ. ހުދުމުހުތާރު ވެރިކަމެއް ކުރުމަށެވެ. ފާރަވެރި ވިޔަ ނުދީ ހިތުހުރި ކަމެއް ކުރުމަށެވެ. ދައުލަތް ދަވާލުމަށެވެ. 

ހާއްސަކޮށް ރައީސް މުއިއްޒަށް މަޖިލިސް ދިނުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން ފަދަ ނުރައްކާތެރި ކަމެކެވެ. މިވީ ކުޑަ ދުވަސްކޮޅުވެސް ހަދާ ދޮގުންނާއި ކުރާ ކަންކަމުން ކަމުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ދިމާލަށް އެބަފެނެއެވެ. 

]]>
Sun, 14 Apr 2024 15:05:09 +0500 ހީރަސްނިއުސް
އިއްބެ ނެތުމަކީ ފޫނުބެއްދޭވަރު ގެއްލުމެއް https://heerasnews.com/2396 https://heerasnews.com/2396 އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) ވަކިވެދިއުމަކީ ހީރަސް ނިއުސް  އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. އެހާމެ ބޮޑުގެއްލުމެއް. ހީރަސް ނިއުސް އުފައްދާ ހިންގުމުގާ އެންމެ ބޮޑު މަދަދު ގާރަކީ ހޯރަ އިއްބެ. އިއްބެ ނެތުމަކީ ލިބުނު ފޫނުބެއްދޭ ވަރު ގެއްލުމެއް. އިއްބެއަށް ރަހުމަތް ލައްވާ ފާފަފުއްސަވާށި. އާމީން

]]>
Fri, 12 Apr 2024 19:49:34 +0500 Chief Editor
ޔާމީނުގެ އެންމެ ޝޮޓަކުން މުއިއްޒު ކޮށިއަރުވާލުން https://heerasnews.com/2392 https://heerasnews.com/2392 ޕީއެންއެފް އުފެއްދުމަށް ބައްވަންޖެހޭ ގާނޫނީ ޖަލްސާ ބޭއްވުމުގެ ހުރިހާ ކަމެއް ކުރިއާލާ އިންތިޒާމްކޮށް ހަމަ ޖައްސަމުން އައިސްފައިވެއެވެ. ޖަލްސާ ބޭއްވުމަށް ގިޔާސުއްދީނު ހޯލު ކުއްޔަށް ހިފާ އެތާނގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ހަމަޖެހިގެން ދިޔައީ ސިއްރަކުން ނޫނެވެ. ހޯލު ކުއްޔަށް ދިން އިރު ސްކޫލުގެ އިމްތިހާނު ބޯމަތިވެފައިވާކަމެއް ބަންދަށްފަހު ސްކޫލު ހުޅުވަން ތައްޔާރު ވާން ޖެހޭ ކަމެއް ގިޔާސުއްދީނު މެނޭޖްމަންޓަކަށް ނޭގެއެވެ.

އިމްތިހާނަށް ތައްޔާރުވުމަށާއި ސްކޫލު ހުޅުވަން ތައްޔާރު ވުމަށް އޮތް ހަމައެކަނި ވަގުތުކޮޅަކީ ފިތުރު އީދު ވިލޭރޭ ކަމަށް ވުމުންވާނީ އެހެންތާއެވެ. ސްކޫލު ހުރިހާ ކުދިންނާއި މުއައްޒަފުންނާއި ޓީޗަރުން ހޭބޯނާރާ ސްކޫލުގައި މަސައްކަތް ކުރާނީ އީދުވިލެރޭ ވިއްޔާއެވެ. އެހުރިހާ ކަމެއް އެހެން އޮތް އިރު ސްކޫލު ހޯލު ޕީއެންސީއަށް ކުއްޔަށްދީގެން ސްކޫލު ހިންގުމަށް ހުރަސް އެޅޭކަން އެނގުނީ ޕީއެންސީން ޖަލްސާ ބާއްވަން ހޯލު ތައްޔާރުކޮށް ނިންމާ ޖަލްސާއަށް މީހުން އަންނަން ތައްޔާރުވީމައެވެ.

ވެގެން އުޅުނީކީ އެހެނެއް ނޫނެވެ. ރައީސް ޔާމީނުގެ ޕާޓީ ރަޖިސްޓްރީ ވާތީ މުއިއްޒު މޭކެރީއެވެ. ހުޅުހުޅުން ވާގިދޫވީއެވެ. ކުރާނެ ނުކުރާނެ ކަމެއް ނޭނގުނީއެވެ. ހަދާނެ ނުހަދާނެއެއް ނޭނގިގެން ސްޓެލްކޯ ލައްވާ ގިޔާސުއްދީންގެ ކަރަންޓް ކަނޑުވާލީއެވެ. ކަރަންޓް ކަނޑުވާލުމުން އަމިއްލަ އިންޖީނަކުން ކަރަންޓް ދީގެންވެސް ޕީއެންއެފް ޖަލްސާ ބާއްވަން ތައްޔާރުވުމުން ގޮތް ހުސްވީއެވެ.

އެހެން ކަމުން މުޅި ތައުލީމީ ނިޒާމް ހުއްޓޭ ފަދަ ނުރައްކާތެރި ކަމަކަށް ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާވެގެން އެޑިއުކޭޝަން މިނިސްޓަރ ބިމުން ކެޓިގެން އުޅެނުގަނެއެއް ނުވާނެތާއެވެ. ގިޔާސުއްދީނު ސްކޫލުގެ މެނޭޖްމަންޓަށް އަންގައިގެން ހޯލު ކުއްޔަށް ދިންދިނުން ބާތިލު ކުރުވާ ކުއްޔަށް ދެއްކިފައިސާ އަނބުރާ ޕީއެންސީއަށް ދިނުމަށް މަޖުބޫރު ކުރުވިއެވެ. ހޯލު ކުއްޔަށް ހިފުމަށް ދެއްކި ފައިސާ ރިފަންޑް ކުރަންވީ އެކައުންޓެއް އަންގަން ގިޔާސުންދީނުން ޕީއެންއެފަށް އެންގީ މެއިލަކުންނެވެ. 

ބޭއްވުމަށް ހުއްދަނުދޭ އެއްވުމެއް ގިޔާސުއްދީނުގައި ބާއްވަން އުޅޭކަމަށްހަދާ ކުއްލިއަކަށް ގިޔާސުއްދީނު ސްކޫލު ރައްކާތެރި ކަމުގެ އޯޑަރެއް އެޑިއުކޭޝަނުން ފުލުހަށް ފޮނުވުމުން ފުލުހުން ނިކުމެ ގިޔާސުއްދީންގައި ޕީއެންސީގެ ޖަލްސާ ބޭއްވުން ހުއްޓުވިއެވެ. ގިޔާސުއްދީނު ސްކޫލް ހޯލުގައި ޖަލްސާގެ ހުރިހާކަމެއް އިންތިޒާމްކޮށް ނިންމިފަހުންނެވެ. ހުއްދަނުދޭ ޖަލްސާއެއް ގަވައިދާ ހިލާފަށް ބާއްވާކަމަށްވީ ޖަލްސާ ފަށަން މީހުން ދާންފެށި ހިސާބުންނެވެ. ބަޔަކު ގަވައިދާ ހިލާފަށް ވަދެ ސްކޫލު ހޯލުގައި ބަޔަކު ކަމެއް ކުރާކަން ސްކޫލު މެނޭޖްމަޏްޓަށާއި އެޑިއުކޭޝަނަން އެނގެނީ ޖަލްސާ ފަށަން ސުން ސިކުންތައް ވީމައެވެ. 

ޖަލްސާއަށް މީހުންގޮސް ހަމަވުމުން ފުލުހުން ލައްވާ ޖަލްސާ ހުއްޓުވުމުން ގޮތް ހުސްވެ ޖަލްސާ ނުބާއްވާ ގެއަށް ވަންނާނެ ކަމަށް މުއިއްޒު ހީކުރި ކުރުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. ގޮށްމުށުން ފިކުރު މަރާނުލެވޭނެކަން މުއިއްޒަކަށް ނޭގުނެވެ. މުއިއްޒު ސައިޒުކޮށް ޕީއެންއެފުން އެ ޕާޓީ އުފައްދުމުގެ ގާނޫނީ ޖަލްސާ ބާއްވައިފިއެވެ. ހަމަރަނގަޅަށް މުއިއްޒު ކޮށިއަރުވާލީއެވެ.  

]]>
Wed, 10 Apr 2024 18:05:24 +0500 ހީރަސްނިއުސް
ޕީޖީ ޝަމީމު ވެސް ކޮސްގޮވާތަ؟ https://heerasnews.com/2386 https://heerasnews.com/2386 ރަސްދޫ ބުލީ ގެ ދުވަސްވަރު ޕީޖީ ޝަމީމުގެ ބަހެއްވެސް އެބައިވެއެވެ. އަހަރުމެން ކުޑައިރުވެސް ކުށްކުރެވިފައި ހުންނާނެ އޭ، އެއީ ދެން އެވަރު ކަމެއް ނޫނޭ ޝަމީމު ވިދާޅުވާ ފަދައެވެ.

އެހެން ވިއްޔާ ޝަމީމު ކުޑައިރު ނިސްބަތްވެގެން އުޅުނު ގޭންގް ތަކަކީ ކޮބައިބާވައެވެ؟ ޝަމީމު ކުޑައިރު ކިތައް ކިލޯ މަސްތުވާތަކެތި ޓްރެފިކް ކޮށްދީ ކިހާވަރަކަށް މަސްތަށް ދެވިހިފި ބާވައެވެ. ކިތައް މީހުން އަތުން ޝަމީމު ކުޑައިރު ފޭރުނު ހަނދާނެއް ވޭބާވައެވެ. ނޫނީ ކުޑައިރު ކުރެވުނު ކުށުގެ ގޮތުގައި ޝަމީމު ކިތައް މީހުން މަރާލުމުގައި ބައިވެރިވެ މީހުންގެ ގަޔަށް ކިތައް ފަހަރު ވަޅިޖެހި ބާވައެވެ؟

މިކިޔަނީ މިހާރުގެ ކުޑަކުދިންނަށް ކުޑައިރު ކުރެވޭ ކުއްތަކުގެ ވާހަކައެވެ.

ޕީޖީ ޝަމީމު އަރިހު ދަންނަވަމެވެ. މިއީ ޝަމީމު ކުޑައިރުގެ ދުނިޔެއެއް ނޫނެވެ. ދުނިޔޭގެ ގަައުމު ތަކުން ވެސް ކަންކުރަނީ މިހެންނޭ ޝަމީމު އެބަވިދާޅުވެއެވެ. ތިޔަ ބުނާ ދުނިޔެއެއްގައި އޮތް ރަނގަޅު ގައުމަކީ ކޮބަައިހެއްޔެވެ؟ ގާޒާގަައި އިންސާނުން އެތިބަ ވީދާ ނޮޅަނީ ތިޔަބުނާ ދުނިޔެ އޯކޭ ވެގެންނެވެ. އަންހެނެއް ކުޑަކުއްޖެއް މުސްކުޅިއެއް ނުބަލާ އެ ހިންގާ ޖަރީމާތަކަށް ހިނިގަޅަމުން މާތަހުޒީބު ބައެއް ކަމަށް ދައުވާ ކުރާ ދުނިޔެއިން މިސާލު ނުނަގާށެވެ.

އެންމެ ނުލަފައީ ތަންތަނުގެ ވެރިންނަށް ބޮޑެތި މަގާމު ތަކުގައި ކޯޓްފަޓްލޫނުގައި އެތިބަ މީހުންނެވެ. ފޭރާ ދަތާ ވަކިތަކާ ކެހެރި ފަޅާފައި ހުރީ ހަންގަނޑުގެ ދަށުން ހަށިގަނޑުގެ އެތެރެ ފުށަށޭ ހިތަށް އަރާ ވެރިން ތަކެކެވެ. ރާއްޖޭގައި ނަމަ ޝަމީމުމެން މުއިއްޒުމެން ކަަހަލަ އިއްޒަތްތެރި ވެރިންނެވެ.

ވެރިންގައި ނެތް ކަމެއް ރައްޔިތުންނާ މުޖުތަމައަކުން ނުފެންނާނެއެވެ. މައިންބަފައިން ނުބައިވީމާ ދަރިންވާން އޮންނާނީ ކޮންރަނގަޅެއް ހެއްޔެވެ.

ކުޑައިރު ކުރެވޭ ކުށޭ ދުނިޔޭގެ ގައުމުތަކޭ ވިދާޅުނުވެ ޒަމާން އޮތްބަޅަށް ޝަމީމު ވެސް ބަޅުވެގެން ހުންނަވާށެވެ.

]]>
Sun, 07 Apr 2024 16:00:16 +0500 ހީރަސްނިއުސް
ރަސްދޫ މިސްކިތުން ދިވެހިންގެރާޖޫ ފެނިއްޖެ https://heerasnews.com/2383 https://heerasnews.com/2383 އެއީ ވަކި ރަސްދޫގެ ހާލަތެއް ނޫނެވެ. ހުރިހާ ރަށެއްވެސް ދާދި އެއްގޮތެވެ. ކުޑަކުދިންގެ އަހުލާގު ނެތެމުން ގޮސް މުޅި ރާއްޖޭގެ ސްކޫލް ތަކުގައި އެއް ހާލަތެކެވެ. އަދަބެއް ސަދަބެއް އިހުތިރާމެއް ނެތި ޓީޗަރުންގެ އަތުން ވީއްލެމުންދާ "ކްލާސް ގޭންގް" ތަކާ ގްރޫޕް ތަކެވެ. 

އެއިން ކަމެއްގައި ފިޔަވަޅެއް އަޅަން ބިރުގަންނަ ވަރަށް ހައްގުތައް ހިމާޔަތް ކުރެވި ގާނޫނުން ބަނދެވިފައެވެ. ކުއްޖަކު ޝަކުވާ އެއްކޮށްފި ނަމަ ތަނެއް ދޮރެއް ނުބަލާ މައިން  ބަފައިން އައިސް ކުނި ހުތުރު ބަސްތަކުން އެންމެންގެ ކުރިމަތީ ޓީޗަރުމީހާ "ގިރުވާލަނީ" ދަރިފުޅުގެ ކުރިމަތީގައެވެ.  

ކޮންމެ ކަމެއްގައި ވެސް ހިތުގެ އެންމެ އަޑިން ފިލުވާލާ ހަސަދަ އޮންނަނީ ސިޔާސީ ޕާޓީ ތަކުގެ ސަޕޯރޓާ ގުޅިފައެވެ. އިންތިހާބެެއްގައި ކަންވެފައި އޮންނަ ގޮތުން އައިރުޅި އުތުރި އަރަނީއެވެ.

ބުނަމެވެ. ކުޑަކުދިންގެ ކިބައިގައި ހުންނާނީ މުޖުތަމައުގައި ހުރިގޮތެކެވެ. އެކުދިންގެ ކިބައިން ފެންނަ ސިފަތަކަކީ މާދަމާގެ ޖީލު އޮންނާނެ ގޮތެވެ.

ވާނީ ވެސް އެހެންނެވެ. ހެޔޮރަނގަޅު ތަރުބިއްޔަތެއް ދެވޭކަށް ނެތެވެ. އެކިއެކި ވަރުގެ ގާނޫނުތައް ހަދާފައި ހުރީ 13 އަހަރުގެ ކުއްޖާ ބަޑި ހިފައިގެން ވަދެ ކްލާސް މޭޓުންނާއި  ޓީޗަރު މީހާ ގަޔަށް ބަޑިޖަހާ މަރާ ގައުމުތައް ރުހޭ ގޮތަށެވެ. 

ގާނޫނު ބުނާ ގޮތުން މީލާދީ ގޮތުން ކުއްޖާއަށް 18 އަހަރު ފުރޭ ރޭގެ މެންދަމު 12 ގަޑި ސުންމިނެޓް ނުވާ ނަމަ އެއީ ކުޑަކުދިންނެވެ. އޭގެ ކުރިން ބާލިގުވެ ޖިންސީ އެދުންވެރިކަން އިންސާނުންގައި ހިނގާނެ ކަމެއް އެ ގާނޫނު ގަބޫލެއް ނުކުރެއެވެ. އެ ގާނޫނުން ދޭހަކުރާ ގޮތުން، ހުރިހާ ވާނެއް އަރަނީ 18 އަހަރު ފުރޭ ރޭގެ މެންދަމު 12 ޖަހާ އިރު ކުއްލި އަކަށް ކުއްޖާގައިން އެލާމެއް އަޅާފައެވެ. 18 އަހަރު ނުފުރޭ ކުއްޖާ މީހުން ފަހާ ދުވިޔަސް އެއީ ކުށެއްނެތް ކުޑަކުއްޖެކެވެ.  

އަޖައިބެކެވެ. މުޖުތަމަޢުގައި މާސިންގާ ވެފައިތިބި ބޮޑެތި މީހުން ވެސް ކުރާ ކަހަލަ ނުވަތަ އެއަށްވުރެ ހުތުރު ޖަރީމާ ހިންގިޔަސް 18 އަހަރު ނުވަންޏާ އެއީ ކުޑަކުދިންނެވެ. މާރާމާރީ ހިންގާ މަގުފޭރި ވައްކަންކޮށް ޑްރަގް ޑީލްކޮށް ޑްރަގް ބޭނުން ކުރިޔަސް ވަރިހަމައެވެ. އެއީ ކުޑަކުދިންނެވެ. ހުޅުމާލެ ފޭސް 2ގައި އަނިޔާކޮށް ކުއްޖަކު މަރާ ގަބުރަށް އެއްޖިންސުން ގުޅުން ހިންގި ޖަރީމާގައި ވެސް އަތްދަށު ކެޔޮޅަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ. 

ކުޑަކުދިން ކުރާކަން ކަމަށް ގޮތްފާޑުކިޔާ ކުށްވެރިކޮށް އަޑުއުފުލާ މީހުނަށް ނަސޭހަތަކަށް ބުނަން އޮތީމިހެންނެވެ. ކުޑަކުދިންގެ ކަރާމާތަށް އަރައިގެންފައިވާތީ އެގޮތަށް ކޮމެންޓް ކުރާ މީހުންގެ މައްޗަށް ދައުވާކޮށް އަދަބު ދިނުމުގެ ގާނޫނީ ބާރު އޮތްވާހަކައެވެ. 

ދަންނަވަމެވެ. މީލާދީ ގޮތުން 18 އަހަރު ނުފުރެންޏާ އިންސާނުން ރޮލާ ކެއަސް އެއީ ކުޑަކުދިންނެވެ. ހައްގުތަކާ ގާނޫނު ތަކާހެދި އަހަރުން އަހަރަށް ގައުމު އޮޔާދަނީއެވެ. 

ވާނީވެސް އެހެންނެވެ. ލާހެއްދެވިހާ ދޮގާ މަކަރާ އޮޅުވާލުމުން މަގާމު ތަކަށް އަންނަ މީހުން ހިންގާ ގައުމެއްގައި އަދި އެފަދަ ރައްޔިތަކު އުޅޭ މުޖުތަމައަކަށް ވާނެ ހުރިހާ ގޮތެއް ދިވެހިންގެރާޖޫ އަށް މިދަނީ ވަމުންނެވެ.

]]>
Sat, 06 Apr 2024 14:52:00 +0500 ހީރަސްނިއުސް
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުން: ރައްޔިތުންގެ ފައިސާއަށްވެވޭ ހިޔާނާތެއް؟ https://heerasnews.com/2376 https://heerasnews.com/2376 ނިމިދިޔަ އެމްޑީޕީ ސަރުކާރުން  ފ. މަގޫދޫ ގައި އަޅަމުންދިޔަ އެއަރޕޯޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް އެ މަސައްކަތް ހުއްޓާލުމަށް އެންގި އެންގުން ވެގެންދިޔައީ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެންދިޔަ ކަމަކަށެވެ.

އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމާއި ދެކޮޅަށް ގިނަ ރައްޔިތުން ސޯޝަލް މީޑިޔާގެ އެކި އޮޅިތައް ބޭނުންކޮށްގެން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، ފ. ނިލަންދޫގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓަކީ ރައީސްގެ ކޮއްކޯފުޅަށްޓަކައި އަޅުއްވަން ނިންމާފައިވާ އެއާޕޯޓެއްް ކަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. މި މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އަލިފުށީ ދާއިރާގެ މެމްބަރު  މުހައްމަދު ރަޝީދު ހުސައިން ވަނީ މިއީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުންކަމަށް ވިދާޅުވެފައެވެ. 

މަގޫދޫ އެއަރޕޯޓް މަސައްކަތް: 2023 ސެޕްޓެމްބަރ 

ކަން މިހެން އޮތްއިރު، ރައްޔިތުންގެ ލާބައާއި މަންފާ އަށް ނުވިސްނާ ސަރުކާރުން ކުރަމުންދާ މި ފަދަ ކަންތައްތަކުގެ ސަބަބުން އަރައިގަނެވެނީ  ރައްޔިތުންގެ ހައްގުތަކަށެވެ. ހިޔާނާތްތެރި ވެވެނީ ކޮށްފައިވާ އަގެއްނެތް ވައުދުތަކަށާއި ރައްޔިތުންގެ ޓެކްސް ފައިސާއަށެވެ.  ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރައްޔިތުންގެ ޖީބުތަކުން ހަރަދުކުރާ ފައިސާ ބޭނުން ކުރެވެމުން ދަނީ ސިޔާސީ މަންފާ ނުވަތަ އާއިލީ މަންފާއަށްކަމެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ ތަމްސީލު ކުރުމަށް ރައީސްގެ ކޮއްކޯފުޅު ސައުދާ ނެރުއްވާ، އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ނިންމާ އެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީއާއި ހަވާލުކުރެވިގެން ދިޔައިރު، މަގޫދޫ އެއާޕޯޓަކީ ނިލަންދޫއާއި ގާތް ގަނޑަކަށް 10 މިނެޓު ދުރުގައި އޮތް ރަށެކެވެ. ރައްޔިތުންނަށް ވެވޭ ހިޔާނާތަކަށް މިކަން ނުވާނަމަ ޔަގީނުންވެސް ވާނީ ދައުލަތުގެ މާލިއްޔާއިން ކުރެވޭ ނުހަނު ބޮޑު އިސްރާފެއް ކަމުގައިމެވެ. ކުދި ޖަޒީރާ  ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ދިވެހި ރާއްޖޭގައި ކޮންމެ ރަށެއްގައި ވައިގެ ބަނދަރެއް ގާއިމްކުރަން ވެއްޖެނަމަ ހާލަކީ ކޮބައިތޯއެވެ؟ 

މަގޫދޫ އެއާޕޯޓުގެ މަސައްކަތް  ނިމިދިޔަ ބުދަ ދުވަހު ހުއްޓާލި އިރު އެކަން ކުރި ސަބަބެއް މަގޫދޫ ކައުންސިލުގެ އިތުރުން  އެ ރަށު ބަޔަކަށް ވެސް އެނގިފައިނުވެއެވެ. އަނެއްކޮޅުން މަސައްކަތް ހުއްޓާލިތާ  ދެތިން ދުވަސް ފަހުން މަސައްކަތް ކުރާ ހުރިހާ އާލާތެއްވެސް އެ ސަރަހައްދުން ގެންގޮސްފިއެވެ.

މިއީ ރަށެއްގެ ކުރިއެރުމާއި ލާބައަށް ކުރި ކަމެއްގެ ބަދަލުގައި ސަރުކާރުން ބޭނުންވާ މީހަކު އިންތިހާބު ކުރުމަށް ރައްޔިތުން ގުނބޯ ހެއްދުމުގެ ގޮތުން ސަރުކާރުން ޖެއްސި ސްޓަންޓެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

]]>
Wed, 03 Apr 2024 16:20:17 +0500 ހީރަސްނިއުސް
ސަރުކާރަށް މެޖޯރިޓީ ދިނުމުން ރަނގަޅު ނުވާކަމަށް މުއިއްޒު އެއްބަސްވެއްޖެ. https://heerasnews.com/2372 https://heerasnews.com/2372 ސަރުކާރަށް މެޖޯރިޓީ ދިނުމުން ކަންކަން ރަނގަޅު ނުވާ ކަމަށް ރައީސް މުއިއްޒު ވެސް އެއްބަސްވެވަޑައި ގަނެއެވެ. ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ދިނަސް އެމްޑީޕީ ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ މެޖޯރިޓީން މުއިއްޒު މާލޭ މޭޔަރަކަށް ހޮވުމަށް އެއްބާރުލުން ދީފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީ ދިނުމަކީ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޮތް ކަމެއް ނޫން ކަމަށް މުއިއްޒު ދެކިވަޑައިގަނެއެވެ. ސާފުކޮށް މުއިއްޒު އެ ވިދާޅުވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ބޭނުން ނުވާކަމަށެވެ. 

ޕީއެންސީގެ ޓިކެޓް ލިބުނު އެތައް ބަޔަކަށް ރައީސް މުއިއްޒު ތާއީދު ނުކުރައްވާ، ވަކިވަކި ކެންޑިޑޭޓުންނަށް މުއިއްޒު ތާއީދު ކުރައްވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެން މުއިއްޒު ތާއީދު ނުކުރައްވާތީއެވެ.

ހާއްސަކޮށް ޕީއެންސީގެ މާލިމީ އަދުރޭއަކީ މުއިއްޒު އެއްވެސް ވަރަކަށް އިތުބާރު ކުރައްވާ ބޭފުޅެއް ނޫންކަމަށް އިތުބާރު ހުރި މަސްދަރު ތަކުން މައުލޫމާތު ލިބެއެވެ. އަދުރޭއަށް މުއިއްޒު އިތުބާރު ކުރައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް މުއިއްޒުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ދޯކާދިން މީހަކު ރައީސް މުއިއްޒަށް ދޯކާ ނުދޭނެ ކަމަކަށް މުއިއްޒު ގަބޫލުފުޅު ނުކުރައްވާ ކަމަށްވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދުރޭ މަޖިލީހަށް ހޮވިވަޑައިގެންފިނަމަ އަދުރޭގެ ބާރު އެކީ އެކައްޗަކަށް ސަރުކާރުގެ ތެރެއިން ފުހެލައްވާނެ ކަމަށްވެއެވެ. އޭރުން އަދުރޭ ހުންނަވާނީ މަޖިލީހުގެ އެހެން އާދައިގެ މެންބަރެއް ފަދައިންނެވެ. އަދުރޭއަކީ މަޖިލީހުގެ ރައީސްކަން ކުރެއްވޭވަރުގެ ބޭފުޅެއް ކަމަކށްވެސް މުއިއްޒު ގަބޫލުނުކުރައްވާ ކަމަށް ވެއެވެ. 

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުނަސް މަޖިލީހުގެ ރައީސްކަމަށް އަދުރޭ އިސްވިޔަ ނުދެއްވާނެ ކަމަށާއި ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެ މަނިކުފާނުންގެ ދެބެންގެ ދެދަރި ބޭބޭފުޅު އަހުމަދު ނާޒިމް (ނަމިރާ ނާޒިމް) މަޖިލީހުގެ ރައީސް ކަމަށް އިސްކުރުވަން ކަމަށް އަރިސް ބޭފުޅަކު މައުލޫމާތު ދެއްވިއެވެ. ނާޒިމަކީ ރައީސް މުއިއްޒާ އެއްލޭހިނގާ ވަފާތެރި ސިޔާސީ މުދައްބިރެކެވެ. މަޖިލީހުގެ ނައިބު ރައިސްކަން ކުރައްވާފައިވާ ތަޖުރިބަކާރު ޕާލަމެންޓޭރިއަނެކެވެ. ނާޒިމް މަޖިލީހުގެ ރައީސްކަމަށް އިސްކުރުވުމަށްވުރެ ރައީސް މުއިއްޒަށް މޮޅުއެހެން ގޮތެއް ނުއޮންނާނެ ކަމަށްވެއެވެ.  

އެންޓި-ޑިފެކްޝަން ގާނޫނު އޮތަސް ނެތަސް ސަރުކާރުން ބޭނުންވާ ކަންކަމަށް ވޯޓު ހޯދުމަށް ވަކިޕާޓީއެއްގައި މެންބަރުން ތިބުން މުހިންމު ނޫންކަމަށް މުއިއްޒު ގަބޫލު ކުރައްވައެވެ. ޕާޓީ ބަދަލު ނުކޮށްވެސް ކަމެއް ފާސްކުރަން ސަރުކާރަށް ބޭނުންވާ ވޯޓު ހޯދަން ކުރައްވަން ޖެހޭ ކަމެއް ކުރައްވައިގެން ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ފާސްކުރުވުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރިގޮތެވެ. ކޮންމެ ކާއްޓެއް އުފުލާލެވޭނެ ނަރެއް އެކާއްޓެއްގައި އިންނާނެކަން މުއިއްޒު ދެނެވަޑައިގަނެއެވެ. 

]]>
Tue, 02 Apr 2024 13:17:28 +0500 ހީރަސްނިއުސް
ތެދުވެރި ރައީސަކު އަޒުލަށް ބިރެއް ނުގަންނާނެ! https://heerasnews.com/2369 https://heerasnews.com/2369 މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ފުރޮޅުނު ފަހުން މަޖިލީހުގެ މެޖޯރިޓީ ވަކިބަޔަކަށް ލިބުމުން ވާގޮތުގެ ގިނަ ތަޖުރިބާތަކެއް ވަނީ ކުރެވިފައެވެ. މަޖިލީހުގެ މެޖޯރިޓީ ސަރުކާރާ އެއްކޮޅަށް ނެތުމުން 2008ގައި އުފެދުނު އެމްޑީޕީ ސަރުކާރަށް ކުރިމަތިވި ދަތިތަކާއި ސަރުކާރު ވެއްޓެން ދިމާވި ސަބަބުތައް ފެނުނެވެ. ރައްޔިތުންގެ މަޖިލީހަށް ކަންކަން ފިލުވާދޭން ޖެހޭވަރަށް ފިލުވާނުދީ ސަރުކާރުން ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރުމުގެ ނަތީޖާ ދިވެހިން ތަޖުރިބާ ކުރީ ވަރަށް ހިތާމަހުރި ދެރަވަރު ގެއްލުން ބޮޑު ގޮތަކަށެވެ.

ސަރުކާރަށް ހެޔޮވަރު މެރޯޓީއެއް މަޖިލީހުގައި އޮވެގެން 2013 ގައި ޕީޕީއެމުން ކުރި ވެރިކަން ފެނުނީ ވަރަށް ތަފާތު ކޮށެވެ. ތަރައްގީއާއި ކޮރަޕްޝަނާއި ފަސާދައެވެ. ރިޝްވަތާއި ޚިޔާނާތެވެ. މުޅި ދުނިޔެއިންވެސް އެވެރިކަން ސިފަކުރީ އަނިޔާ ލާމެހިފައިވާ ޑިކްޓޭޓަރޝިޕެއްގެ ގޮތުގައެވެ. 

2019 ވަނައަހަރު އުފެދުނު އެމްޑީޕީ ވެރިކަމަކީ މަޖިލީހުގެ ސްޕަރމެޖޯރިޓީއާއި އެކު ކުރެވުނު ވެރިކަމެކެވެ. ކޮވިޑްގެ އާލަމީ ވަބާއާއި ޔުކްރޭނު ހަނގުރާމައާއި ވެރިކަން ހިންގާ ކޯލިޝަންގެ ޑިމާންޑާއި މައިޕާޓީގެ އެތެރޭގެ ކޯޅުން ތަކާއެކު ގައުމަށް އިންގިލާބީ ހެޔޮބަދަލެއް ގެނުވި ވެރި ކަމެކެވެ. އެތެރޭގެ ކޯޅުން ބޮޑުވެ ފެނުނީ ލިބި އޮތް ބޮޑު މެޖޯރިޓީގެ ބޭނުން ހެޔޮ ގޮތުގައި ނުކުރެވި ދިޔަތަނެވެ.

މަޖިލީހުގައި އޮތް އެމްޑީޕީ ސްޕަރމެޖޯރިޓީގެ އެތައް ބަޔަކު އިދިކޮޅަށްވުރެ އިދިކޮޅުވެގެން ސަރުކާރާއި މެދު ރައްޔިތުން ނަފްރަތުކުރުވާ އިތުބާރު ގެއްލުވާލަން ބޭނުންކުރާ މައިދާނަކަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުން ބަދަލުކޮށްލިއެވެ. ނަތީޖާއަކަށްވީ ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދިނަސް ވާކަމެއް ނެތްކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވުމެވެ.

ތަޖުރިބާއިން އެނގިގެން ދަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ދިނުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެކަމެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ސަރުކާރު ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އަށަގަތުމުގެ ސަބަބެއް ކަމުގައި ވެގެން ދެއެވެ. ރައީސުލް ޖުމްހޫރިއްޔާ މަގާމުގައި ދެމިހުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅޭނީ އެކަމުގެ ފަހަތުގައި ދައުލަތް ދަވާލުމުގެ ސިއްރު އެޖެންޑާއެއް އޮވެގެނެވެ. ނޫނީ ވެރިކަން ގެއްލުމުގެ ބިރު އޮންނާތީއެވެ. 

ސަރުކާރުން ކަންކަން ކުރަން އުޅޭގޮތާ އެކަމެއް ކުރަންއުޅޭ ސަބަބާއި އޭގެ ނަތީޖާ ސާފުކޮށް ރައްޔިތުންގެ މަޖިލީހަށް އަންގައިގެން މަޖިލީހުގެވެސް ރުހުމާއެކު ކަންކަން ކުރާ ރައީސަކު އަޒުލުގެ ބިރެއް ނުގަންނާނެއެވެ. ހެދުނު ކޮންމެ އެއްޗެއް ހަދައިގެން ވެރިކަމުގައި ބަގުޑިއެއް ނުބައްދާނެއެވެ.  

]]>
Mon, 01 Apr 2024 20:22:59 +0500 ހީރަސްނިއުސް
އަންހެނަކަށްޓަކާ އަތޮޅުވެރިކަމާ އެއަރޕޯޓެއް ނިލަންދުއަށް https://heerasnews.com/2366 https://heerasnews.com/2366 ދުނިޔޭގެ ތާރީހުގައި އަންހެނުންނަށްޓަކައި ބޮޑެތި ބޮޑެތިކަންކަން ހިންގާފާ އެބަހުއްޓެވެ. ޝާހުޖަހާން މުމްތަޒާށްޓަކައި ތާޖުމަހަލް ބިނާކުރުން ފަދަ އެތައް ކަމެއް ދުނިޔޭގައި ހިނގާފައި އެބަހުއްޓެވެ. އެހުރިހާ ވާހަކައަކަށް ދާކަށް ނެތީމެވެ. 

ރައީސް މައުމޫނުގެ މިތުރު ޒަކަރިއްޔާ ހަމީދަކީ މައުމޫނިޒަމްގައި ދެވަނައެއް ނެތްފަދަ ނުފޫޒުގަދަ މީހެކެވެ. ފ. އަތޮޅުގެ އަތޮޅުވެރިކަމަކީ ޒަކަރިއްޔާ ހަމީދަށް ހިބައިން ދީފައި އޮންނަ ވެރިކަމެކެވެ. ޒަކަރިއްޔާ ހަމީދަށް ފ. އަތޮޅު ހިތަކަށް އޮތުމުން ޒަކަރިއްޔާ ހަމީދު ބޭނުންވެއްޖެ ކޮންމެ ކަމެއް ވުމަށް އޮންނަނީ ބުނަންވާ ލަހެކެވެ. 

ޒަކަރިއްޔާ ހަމީދު މާ ހިތްޕުޅާވާ އަންހެނަކު ނިލަންދޫން ފެނިވަޑައިގެން އެކަނބުލޯގެއަށްޓަކާ ނުކުރައްވާނެ އެއްކަމެއްވެސް ނެތުނެވެ. ޒަމާނުއްސުރެ ފ. އަތޮޅުވެރިކަން ކުރަމުން އައި މަގޫދޫން ނިލަންދުއަށް އަތޮޅުގެވެސް ލުހެލައިގެން ގެންދިޔައެވެ. މަގޫދޫން އަތޮޅުވެރިކަން ނިލަންދުއަށް ފޭރިގަތީ މަގޫދޫގެ އެތައް ބަޔަކަށް އިންތިހާ ދަރަޖައަށް އަނިޔާވެރިކަން ދައްކާފައެވެ. 

މަގޫދޫގެ ބޮޑެތި ފިރިހެނުންގެ އެތައްބަޔަކު މުއްދަތެއް ނެތް ގޮތަށް އަރުވާލީ ނިލަންދޫ އަންހެނަކަށް ޓަކައެވެ. އެފަހަރު މަގޫދޫ ރައްޔިތުންނަށް ވެރިކަމުގެ އާރާބަރުގައި ތިބި ބަޔަކު ދިން ފުން ޒަހަމުގެ އަސަރު އައުވެއައުވެ ހުއްޓާ އަންހެނަކަށްޓަކާ މަގޫދޫ އެއަރޕޯޓް ވެސް ފެލައިލީއެވެ.

ފ. އަތޮޅު މަގޫދޫގައި ދައުލަތުން ބޮޑު ހޭދައެއްކޮށް އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކޮށް 70އިންސައްތަ މަސައްކަތް ނިމިފައި އޮއްވާ މަގޫދޫ އެއަރޕޯޓް ހުއްޓާލީއެވެ. ދައުލަތުން ކުޅަ އެ ބޮޑު ހޭދަ އިސްރާފަކަށް ހަދާ ބޭކާރުކޮށްލީއެވެ. ދިވެހި ދައުލަތަކީ މުއިއްޒު މައިފުށު ވާރުތަ މުދާގަޑެއް ފަދައެވެ.

މިފަހަރު ނިލަންދުއަށް އެއަރޕޯޓެއް ލެއްގީ ނިލަންދޫ އަންހެނަކަށްޓަކައެއް ނޫނެވެ. ރައީސް މުއިއްޒުގެ ކޮއްކޮ ސައުދާއަށްޓަކައެވެ. ސައުދާއަށްޓަކާ މުއިއްޒު ނިލަންދުއަށް އެއަރޕޯޓެއް އެކަނި ދީގެން ފުއްދާލީއެއް ނޫނެވެ. ރައީސް މުއިއްޒު އޭނާގެ ކޮއްކޯފުޅަށްޓަކައި ދައުލަތް ވީދާ ކައި ހުސްކޮށްފިއެވެ. ލޭގެ ގުޅުމެއް އާއިލީ ބާރުވެރިކަމެއް ނެތް ދާއިރާއެއްގެ މެންބަރުކަމަށް މުއިއްޒުގެ އަމިއްލަ ކޮއްކޮ ނެރެގެން ސައުދާއަށް ވޯޓު ހޯދާ ދިނުމަށް ނުކުރާ ހަޑި މުޑުދާރު ކަމެއް މުއިއްޒު ނެތެވެ. 

ފ. ނިލަންދޫ ދާއިރާގެ ރައްޔިތުން އޮބި އަޅުވާ އަޅުވެތިކޮށް ދައުލަތް ލޫޓުވާލަނީ ތިޔަހެންނަކުން ނޫނެވެ. ފ. ނިލަންދޫއާއި އެ ދާއިރާއަށް ނިސްބަތްވާ އެތައް ބަޔަކަށް އަތްގުޅިނުކާ ވަރަށް ސިޔާސީ މަގާމުތައްދީ ދައުލަތް ލޫޓުވާލައިފިއެވެ. އެ ދާއިރާގެ މެންބަރުކަމަށް ވާދަކޮށްފާނެހެން ހީވާހާ މީހަކަށާއި ވޯޓެއް ކޮންޓްރޯލު ކޮށްފާނެހެން ހީވާހާ މީހަކަށް ސިޔާސީ މަގާމުތަކާއި އިނާޔަތްތައް އޮހެމުންދަނީ ފަތުއަޑު ކިޔާފައެވެ.

އެންމެ ފަހުން މުއިއްޒުގެ ކޮއްކޮއަށް ވޯޓް ހޯދުމަށް ނިލަންދޫގައި އެއަރޕޯޓެއް ވެސް އަޅަނީއެވެ. ވެރިކަމުގައި ހުރި މީހަކަށް ގަސްދުގައި ދައުލަތް ފާޅުގައި ދަވާލެވޭނީ މިހާކަށް ވަރަށެވެ. އަމިއްލަ އެދުމާ އަނިޔާވެރި ކަމުގައި މުއިއްޒު ގޮތެއް ފޮތެއް ލަދެއް ހަޔާތެއް ނެތެވެ.

]]>
Sun, 31 Mar 2024 20:23:54 +0500 Chief Editor
11 ދުވަހުން ޕްރޮޖެކްޓެއް ނުނިންމެންޏާ ކުރީސަރުކާރޭ ނުކިޔާ: އާޒިމް https://heerasnews.com/2365 https://heerasnews.com/2365

ކޮންމެ 11 ދުވަހުން ޕްރޮޖެކްޓެއް ނިންމުމަކީ ކޮންމެ ވެރިއަކަށް ވާނެ ކަމެއް ނޫންކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމު ވިދާޅުވި ވިދާޅުވުމަކީ ވަރަށް ބޮޑުތެދެކެވެ. އެކަން ވާނީ ހިކުމަތްތެރި ވެރިއަކު ގައުމުގައި ހުރެގެންކަމާ މެދަކު ޝައްކެއް ނެތެވެ.

ރައީސް މުއިއްޒު ސަރުކާރުން ކުރީ ސަރުކާރުގެ ވާހަކަ ދައްކަން ވާނީ ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ހިންގާ ނިންމަމުން ކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް މުއިއްޒު ސަރުކާރުން ފެންނަނީ ކަންކަން ކުރަން ނޭނގުމާއި ކުރީ ސަރުކާރާ ގުޅުވައި ވާހަކަ ދައްކާ މަންޒަރުކަމަށް އާޒިމް ވިދާޅުވިއެވެ. 

ރައީސް ސޯލިހު ސަރުކާރުން ހިންގަމުން އައި މަޝްރޫއުތައް މިސަރުކާރުން ހުއްޓާލީ ފައިސާ ނެތިގެންކަމަށް ސަރުކާރުން ބުނަމުންދާ ކަމަށް ބުނި ނަމަވެސް  ފައިސާ ނެތިގެން މަޝްރޫއުތައް ހުއްޓާލިނަމަ، މި ހަފްތާ ތެރޭގައި އެއާޕޯޓެއް އެޅުމުގެ މުޅިން އައު މަޝްރޫއެއްގައި ސޮއި ނުކުރާނެ ކަމަށް އާޒިމު ވިދާޅުވިއެވެ. 

ރައީސް މުއިއްޒުގެ ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގައި ސަރުކާރުން އިންތިހާއަށް ފައިސާ އިސްރާފު ކޮށްފައިވާކަން ދޭހަވާ ކަމަށް މާލޭ މޭޔަރ ވިދާޅުވެއެވެ. މުއިއްޒު ސަރުކާރުގެ ހުރިހާވެސް މަގުސަދަކީ ރަށްތަކުގެ ތަރައްގީ ހުއްޓުވައި، މާލެއަށް ތޮއްޖެއްސުން ކަމަށް ވިދާޅުވެ މާލޭ މޭޔަރ ކަންބޮޑުވުން ފާޅުކުރައްވައެވެ.

އާދަމް އާޒިމު ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުން ބޭނުންވަނީ ރައިސް ސޯލިހު ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދުމަށް ކަމަށް އާޒިމް ވިދާޅުވެއެވެ. މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވީހާވެސް އަވަހަށް ގެދޮރުވެރިވެވޭނެ ގޮތެއް ހޯދުމަށް މާލޭ މީހުން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

]]>
Sat, 30 Mar 2024 20:56:33 +0500 ހީރަސްނިއުސް
ހެލްތު މިނިސްޓަރ ހަލީލު އިސްތިއުފާ! https://heerasnews.com/2348 https://heerasnews.com/2348 މަޖިލިސް ހޯދަން މުއިއްޒުކުރާ މަސައްކަތް ގޮވަނީ ބާރަށް އަތަށެވެ. ޕްރައިމަރި އޮޅާލައިގެން ވީކަމެއް ހަރާމުން ހަރާމެވެ. ހަރުތާކު ނުޖެހި ގަނޑު ރޫޅުންނޫން ކަމެއް ކުރެވުނު ކަމަކުން މުއިއްްޒަކަށް ނުވިއެވެ. 

ދޮގު ދޮލަގު ބޮލަށްލައިގެން ދޮގުހަދަމުން ދުވި ދޮގު ދޮލަގު ނުވިކި ކުނިވެ ފުޅަ އެޅީއެވެ. ދައްކާވާހަކަ އަޑުއަހާ މީހަކު ނޫޅެއެވެ. ވާވައުދަށް އިތުބާރުކުރާ މީހަކު ނެތެވެ. ވެރިކަމުގެ ކިނދު ނުފިލަނީސް މަގުބޫލުކަން ކެނޑި ފޭރާބުޑަށް ޖެހުނު އެހެން އާދަމުގެ ދަރިއަކު މުއިއްޒު ނޫނި ދުނިޔޭގެ ތާރީހު ނުދެކެއެވެ.

ރަށްރަށަށް ކުރިހާ ދަތުރުން މީހުނަށް މާޔޫސްކަންވީ އިތުރެވެ. މުއިއްޒު ދޮރުން ދޮރަށް ހިނގި ވަރަކަށް ވެސް ވަނީ ބަރަހަނާއެވެ. ފެންނަނީ މީހުނަށް ކުރިން ނޭނގޭ ދެއްކުންތެރިކަމާއި މުނާފިގުކަމެވެ. 

މުއިއްޒު މަޖިލިސް ހޯދަން ކުރިހާ ކަމަކާ ކުރާހާ ކަމަކުން ފެންނަނީ މަޖިލިސް މުއިއްޒަށް ގެއްލޭތަނެވެ. ލޮދި ހިކައެއް ދާހެން މަޖިލީހުގެ ގޮނޑިތަށް އެމްޑީޕީއާ ދިމާލަށް ދާތަންފެނި މުއިއްޒު އަތްފައިން ވާގި ދޫވެ ވަޒީރުން މައިދާނަށް ނެރެ ގުރުބާން ކަންބަޅިއަށް ހަދާލަނީއެވެ. ދޮގު މައްޗަށް ދޮގު ހަދަމުން ބައިލައްކައަށް ވުރެ ގިނަ މީހުނަށް ނިސްބަތްވާ އެމްޑީޕީއަށް ވަޒީރުން ނިކުމެ ފުރައްސާރަ ކުރަން ފެށީމާ ސަރުކާރު ކުޑަކަކޫ ޖެހިފައި އޮތްވަރު މީހަކު ބުނެދޭ ވަރެއް ނުވާނެއެވެ.

އެންމެ ފުރަތަމަ ނަފްސާނީ ބަލިމަޑުކަމަށް ހެލްތު މިނިސްޓަރ އަބްދުއްލާ ހަލީލަށް މިވަނީ ބޭސް ކުރަން ޖެހިފައެވެ. ހެލްތު މިނިސްޓަރ އަބްދުއްލާ ހަލީލުގެ ބުއްދި ސަލާމަތުންތޯ ހުރީވެސް ބަލާ ހިސާބަށް ހިނގައްޖެއެވެ. ސަލާމަތް ބުއްދި ނެތް މީހަކީ ވަޒީރަކަށް ޝަރުތު ހަމަނޫން މީހެކެވެ. މިނިސްޓަރ ހަލީލު އެކްސްގައި ކޮށްފައިއެވާ އަމަލަކީ މިނިސްޓަރެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫނެވެ. އަބްދުއްލާ ހަލީލުގެ ދަށު ދަރަޖައިގެ އެ މުޑުދާރު އަމަލު ކުށްވެރިކޮށް އިސްތިއުފާ ދިނުމަށް ގޮވާލަމެވެ. އިސްތިއުފާ ނުދީފިނަމަ އޭނާ މަގާމުން ވަކިކުރަން ޖެހެއެވެ.  

ހުސްގޮނޑިއަކާއި ފޮޓޯގަނޑެއް ދައްކައިގެން ވެރިކަން ހޯދި ގޮތް މީހުންގެ ސިކުނޑީގައި އިތުރަށް ނެގުނީ ބިންވަޅެވެ. ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް އަޅާދެމުން ކޮންމެ ރަށެއް ދުބާއީއަކަށް ހަދާދެމުން މުއިއްޒު ދިޔަޔަސް ރައްޔިތުންނަށް އެމީހުން ތިބި ހާލު އެނގެއެވެ. މުއިއްޒަށް ރަށްރަށުގެ މީހުން އިތުބާރު ކުރަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް އެމީހުންގެ ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. 

ސަރުކާރާއި ފެނަކަ އޮތީ ދަރާ ވިކިފައިތޯ ބަލާކަށް މީހުން ބޭނުމެއް ނުވެއެވެ. ރައްޔިތުން ބޭނުންވަނީ ހިދުމަތް ރަނގަޅު ވުމެވެ. ދިރިއުޅުމުގެ ފެންވަރު މަތިވުމެވެ. ފޯރުންތެރި އުފާވެރި އަމާން ދިރިއުޅުމެކެވެ. ވެރިކަން ލިބުމަކުން އެކަންކަން ކޮށްދިނުމަށް މުއިއްޒު ތަސައްރަފެއް ނުފުދެއެވެ.

ވެރިކަން ދީފިނަމަ ދަރަނިވެރި ކަމުން އަރައިގަނެ އަރަނިވެރި ގައުމަކަށް ރާއްޖެ ހަދާދޭން ބުނުމުން ރައްޔިތުން މުއިއްޒަށް ވެރިކަން ދީފިއެވެ. އާނއެކެވެ. ވެރިކަން އެއޮތީދީފައެވެ. ވެރިކަމާއެކު މަޖިލިސް ނުދެންޏަކާ ނުވާނެއެކޭ އޭރަކު ނުބުނެއެވެ. ވެރިކަން ލިބުނީމާ މަޖިލިސް ދީގެންނޫނީ ކަމެއް ވާން އޮތްކަމަކަށް ނުވެއެވެ. މަޖިލީސް ދިނީމާ ކައުންސިލްތައް ދޭންވެސް ބުނާނެއެވެ. ކައުންސިލްތައް ދިނިމާ އަނބިދަރިން ނުދިއެއްވެސް ނުވާނެތާއެވެ.      

]]>
Sat, 23 Mar 2024 21:07:38 +0500 ހީރަސްނިއުސް
އިހުމާލެއްކަމަށް މުއްތޮލިބު ސިފަކުރީ ރަށްރަށުގެ ފެނާ ނަރުދަމާ! https://heerasnews.com/2347 https://heerasnews.com/2347 ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މުއިއްޒު ސަރުކާރުން މުއްތޮލިބުމެން އަސާސީ ހިދުމަތުގެ ހުރިހާ މަޝްރޫއުއެއް ވަނީ ހުއްޓުވާލާފައެވެ. މ. އަތޮޅު ރަތްމަންދޫގެ މަސައްކަތް އެކަންޏެއް ނޫނެވެ. ރަތްމަންދޫގެ ފެނާ ނަރުދަމާގެ މަސައްކަތުގެ %26 ޕަސެންޓް މަސައްކަތް ކުރީ ސަރުކާރުން ނިންމާފައި އޮތް ކަމަށް މުއްތޮލިބު އެއްބަސްވާކަން ރަނގަޅެވެ. ރަތްމަންދޫގެ ފެނާ ނަރުދަމާގެ މަސައްކަތް ކުރިވަރަކަށްކުރީ ކުރީ ސަރުކާރުގައި ފެނަކައިންނެވެ.

މުއްތޮލިބޫއެވެ. ރާއްޖޭގެ އެތައް ރަށެއްގައި ފެނަކައިން ފެނާ ނަރުދަމާ ނިޒާމް ގާއިމުކޮށް ނިންމާ ހިދުމަތް ދެމުން އެގެންދަނީ ފެނަކައިގައި އެ ގާބިލުކަން ނެތީމާ ހެއްޔެވެ. ފެނަކައިގައި ޕްރޮޖެކްޓް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އުޅެގެން އެކަން ނުވެއޮތީ ކަމަށް ބިނާރު ވަޒީރު ބުނާތީ އަންނަނީ ހިންޏެވެ.

ދުނިޔެ ހެއްދެވީއްސުރެ އައިހާ ސަރުކާރު ތަކުން ފެނާ ނަރުދަމާގެ ހިދުމަތް ހައެއްކަ ރަށެއްގައި ނޫނީ އޮތީ ގާއިމު ކޮށް ނުދިއެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ފެނާ ނަރުދަމާގެ ނިޒާމު ހިދުމަތް އެއްފަހަރާ މުޅިރާއްޖޭގައި ގާއިމުކޮށް ދިނުމުގެ މަސައްކަތް ރައީސް އިބޫ ސަރުކާރުން ފެށިއެވެ. އެވެރިކަމުގައި އެތައް ރަށެއްގެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފެށިއެވެ. ފެށި ބައެއް މަސައްކަތް ވެރިކަން ބަދަލުވީއިރު ހުރީ ނިމުމަކާ ކައިރީގައެވެ. ބައެއް މަސައްކަތް އެކިކަހަލަ ސަބަބުތަކާހުރެ ކުރިއަށް ނުކަނޑާވެސް ހުއްޓެވެ. ކުރިއަށް ނުގޮސް އޮތްކަމެއް ކުރިއަށް ނުގޮސް އޮތީ ހަމައެކަނި ފެނަކައިގެ މައްސަލައަކުން ނޫނެވެ. 

ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ފެނާ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށްވުރެ ބޮޑު އެއްވެސް އިހުމާލެއް މުއިއްޒު ސަރުކާރުގެ ބިނާރު ވަޒީރަކަށް ނުފެނުނެވެ. ފެނަކައަކީ ފެނާ ނަރުދަމާގެ ހިދުމަތް ގާއިމު ކޮށްދެވޭ ވަރަށް ވުރެ ނާގާބިލު ކުންފުންޏެއް ކަމަށް ވަޒީރު ބުނާއިރު އެކުންފުނިން ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކެއް ނުފެނެއެވެ. 

ފެނަކައަކީ ގާބިލުނޫން ކުންފުންޏެއް ނަމަ ރާއްޖޭގެ ކަންކޮޅުތަކުގައި ފެނަކައިން ކޮށްނިންމާފައިވާ މަސައްކަތްތަކާ ދެމުންދާ ހިދުމަތްތަކެއް އެހެނެއް ނުހުންނާނެއެވެ. ތަރުތީބަކުން ހިނގަމުން އައި ކުންފުންޏެއްގައި ހިފަހައްޓަމަުން އައި އުސޫލުތަކާއި ކުރަމުން އައި ގޮތް ކުއްލިޔަކަށް ބަދަލު ކޮށްލުމަކީ ކުރަން ހަވާލުވާ ބައެއްގެ ނާގާބިލުކަމެވެ. ވިސްނުންތެރި ކަމާއެކު ހަގީގަތާ ކުރިމަތި ލައިގެން ހިދުމަތްދޭން ނޭނގޭވަރުގެ ބަޔަކު ކަންކަމާ ހަވާލުވުމަކީ ފެނަކައިގެ ނުވަތަ ސަރުކާރުގެ މަސްސަލައެއް ނޫނެވެ.  

އެރަށަކުން އެރަށެއްގެ މަސައްކަތަށް މީހުން ހޯދައިގެން ވަޒީފާ ދީގެން ރަށުގެ ނަރުދަމާއާއި ފެނުގެ ހިދުމަތް ގާއިމުކުރުވުމަކީ ބޮޑުއަގުގައި ބިޑްކޮށްގެން މަސައްކަތް ކުރުމަށްވުރެ ކުންފުނީގެ އަމިއްލަ ކަންކަން އަމިއްލައަށް ކުރުމުގެ ގާބިލުކަން އިތުރުވާނެކަމެކެވެ. ރަށްރަށުގައި ވަޒީފާގެ ފުރުސަތު އިތުރުވެ ބޭރު ލޭބަރުން މަދުކުރެވޭނެ ކަމެކެވެ. ދިވެހިންގެ އެތައް ބަޔަކަށް ފެނާ ނަރުދަމާ އެޅުމުގެ އަމަލީ ތަޖުރިބާ ލިބިގެން ދާނެކަމެކެވެ.

ކުންފުނީގެ މުއައްޒަފުންގެ އާއްމު މަސައްކަތެއްގެ ގޮތުގައި ރަށްރަށުގެ ފެނާ ނަރުދަމާއެޅުމުގެ މަސައްކަތް ކުރުވުމުން އެކަމަށްޓަކާ ކުންފުނީގެ މާލިއްޔަތުން ގަނޑުކޮށް ހޭދަވާފައިސާ ހަރަދުކުރުން ހުއްޓުވޭނެއެވެ. ކުރީ ސަރުކާރުން ފެނަކަލައްވާ ފެނާ ނަރުދަމާގެ ހިދުމަތް ގާއިމުކުރުވީ ބުނެވިދިޔަ ކަހަލަ އެތައް ފައިދާއަކަށްޓަކައެވެ. ބައިއަޅައިގެން ބިޑްގެ ކަމިޝަން ހޯދަން ބޭނުންވަންޏާ މުއްތޮލިބުމެނަށް ފެނަކައަކީ ގާބިލު ކުންފުންޏަކަށް ނުވާނެއެވެ.    

ކަންކަން ނުނިމި އޮތް ވާހަކަ ދައްކަނީ ފަށަފައި އޮތީމާތާއެވެ. ނުފަށާކަމެއް ނުނިމޭ ވާހަކައެއް ނުދައްކާނެއެވެ. ރައްޔިތުންގެ ހެވާ ލާބައަށް ފަށާފައި ހުންނަ ކަންކަން އޮތް ހިސާބަކުން ކުރިއަށް ގެންގޮސް ނިންމުމަކީ ހަވާލުވާ ބައެއްގެ ކަމެކެވެ. ހުއްޓިފާ އޮތަސް ހިނގަހިނގާ އޮތަސް އެކަމެއްކޮށް ނިންމުމަކީ ސަރުކާރު ހިންގަން ހަވާލުވާ ބަޔަކު ކުރަންޖެހޭ ކަމެކެވެ. 

]]>
Sat, 23 Mar 2024 18:19:05 +0500 ހީރަސްނިއުސް
ވެރިކަމަކީ ކުރާނެ ކަމެއް ކުރަންދޭ ލައިސަންސެއް! https://heerasnews.com/2343 https://heerasnews.com/2343 ރައީސް މުއިއްޒުގެ އަމަލުތައް ހުރިއްޔަކީ ބަޔަކު އަޅާނުލާ ތިބޭ ކަހަލަ ގޮތަކަށް ނޫނެވެ. ފަސް އަހަރަށް ރައީސް ކަމަށް މީހަކު ހޮވުމަކީ އެމީހަކު ކުރާނެހާ ކަމެއް ކުރާނެހާ ގޮތަކަށް ކުރަން ދޫކޮށްލާފައި ބަހައްޓަން ޖެހޭ ސަބަބެއް ނޫނެވެ. ރައްޔިތުން މުއިއްޒު ވެރިކަމަށް ހޮވީ ގާނޫނަކަށް ގަވައިދަކަށް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަކަށް ރައްޔިތުންގެ އިހުސާސަކަށް ބެލުމެއްނެތި ވެރިކަން ކުރާކަށް ނޫނެވެ. 

ވެރިކަމެއް ލިބިފައި އޮތަކަސް ހަޔާތެއް ގޮތެއް ފޮތެއް އޮންނަންވާނެއެވެ. ދައުލަތުގެ އެހެން ބާރުތަކަށް އިހުތިރާމް ކުރަން ޖެހޭނެއެވެ. ކޮންމެ ކަމެއްގައި ދައުލަތާ ޗެލެންޖު ކުރުމަކީ މުއިއްޒުގެ އާދައަކަށް ހަދައިފިއެވެ. ވަކިކަމެއް ވަކިގޮތަކަށް ނުކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައެޅިގެން ލިޔެފައި ނެތުމަކީ ގާނޫނުގައި އޮތް ގޮތާއި ދުނިޔޭގެ ހަމަލަމަޔާ ހިލާފުވާން އޮތް ލައިސަންސެއް ނޫނެވެ. 

ވަޒީރުކަމަށް މަޖިލީހުން ރުހުންނުދޭ މީހަކު ވަޒީރަކަށް އައްޔަނު ނުކުރެވޭނެކަމަށް ގާނޫނުގައި ނެތީމާ މަޖިލީހުން ރުހުންނުދޭ މީހުން ކެބިނެޓަށް ލައިގެން ދައުލަތުގެ މުދަލާއި ފައިސާ އެމީހުން ލައްވާ މުއިއްޒު އެބަ ހެދަކުރުވައެވެ. ކުރިއްސުރެ ހިނގަމުން އައި ކަންކަން ބަދަލުކޮށް ރައްޔިތުންނަށް ތަކުލީފުތައް އެބަ ޖައްސައެވެ. އުޝާމާއި ޝަހީމާއި ހައިދަރަކީ އޭގެ މިސާލެވެ. އެމީހުން ލައްވާ ދައުލަތުގެ ކަންކަން މުއިއްޒު ކުރުވަނީ އެހެން އެކަން އެމީހުން ލައްވާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތިގެން ނޯލައެވެ. އެއްޖިންސުން ކައިވެނި ކޮށްގެން ނުވާނެ ކަމަކަށްވެސް ގާނޫނަކު ނެތެވެ. ދިމްޔާތުގައި ކޮޓަރި ކުއްޔަށް ދީގެން ހަށިނުވިއްކޭނެ ކަމަކަށްވެސް ގާނޫނަކު ނެތެވެ. ގާނޫނުގައި ނެތޭބުނެ އެއް ޖިއްސުން ކައިވެނިކޮށްދީ ދިމުޔާތުގައިކޮޓަރި ކުއްޔަށް ދީގެން ހަށިވިއްކަން މުއިއްޒު ފަށަންވީނޫން ހެއްޔެވެ. 

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ސިޔާސީ މަގާމު އުފެއްދުމާއި މީހުންނަށް ސިޔާސީ މަގާމުދޭން މުއިއްޒަށް އިހުތިޔާރު ދީފައި އޮތުމުން ދައުލަތުގެ އާމްދަނީއަކަށް އެހެން އެއްޗަކަށް ބެލުމެއް ނެތެވެ. ކުރާނެ ކަމެއް އިށީންނާނެ ގޮނޑިމޭޒެއް ނެތަސް އަތްގުޅި ނުކާވަރު ބޮޑު މުސާރައިގައި އެތައް ހާސް ބަޔަކަށް ސިޔާސީ މަގާމު ދީނަގަނީއެވެ. ރައްޔިތުންގެ މަޖިލީހަށް އެކަން ހުއްޓުވަން ކުރެވޭ ކަމެއް ނެތްތާ ދައުލަތުން ސިޔާސީ މަގާމު ދެނީ ކިތައް މީހުންނަށް ކަމާއި ކޮންބަޔަކަށް ވެސް ބެލޭނެ އޮތް ކަމަކަށް ނުވެއެވެ.

ރައީސް ނަޝީދު ވެރިކަން ވައްޓާލުން ނިކުތީ މާލޭ ބިމުން ދިވެހި ވިޔަފާރިވެރިންނަށް ބިން ވިއްކައިގެންނެވެ. ރައީސް ސޯލިހު ދެކޮޅަށް އެންމެ ބާރަށް ދެއްކި އެއްވާހަކައަކީ ތިލަފުށިން ބޭރުމީހުނަށް ބިން ހިއްކަން އުޅުމެވެ. އެކަމަކު 99 އަހަރަށް ތިލަފުށިން ބޭރުމީހުނަށް ބިން ވިއްކުން ހަލާލު ކޮށްފިއެވެ. އެކަން ހުއްޓުވާނެ މުއައްސަސާއެއް މަޖިލީހެއް ނެތެވެ.  

]]>
Thu, 21 Mar 2024 21:01:21 +0500 ހީރަސްނިއުސް
ގޯތީގެ ކަންކަން އޮޅުވާލަންޏާ ދާނީ އަތަށް ގޮވަމުން: އަކުރަމް https://heerasnews.com/2337 https://heerasnews.com/2337 ކަމަކާ ހަވާލުވާއިރު ކުރިން ތިބި ބަޔަކު ކަންކުރަން ނިންމާފައިވަނީ ކިހިނެތްތޯ ރަނގަޅަށް ބަލަންޖެހެއެވެ. ނެނގޭންޏާ ކަންކުރި ބަޔަކު ކުރެން އަހާ އޮޅުން ފިލުވަން ވެސް ޖެހެއެވެ. ހިނގަ ހިނގާ ހުންނަ ކަންކަން ނުކޮށް ހުއްޓާލުމުގެ ބަހަނާއަކަށް ކަންކަން ނުހަދާށެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ގޯތިދޭނޭ ސަރަހައްދު ކަނޑައެޅީ އެޗްޑީސީންނެވެ. އެޗްޑީސީން ތައްޔާރު ކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށެވެ. ގޯތިދޭނެ ބިންތައް އޭރުގެ ހައުސިން މިނިސްޓްރީން ފާހަގަކުރީ އާބަންކޯ (އެޗްޑީސީ)ގެ ޕްލޭނާއެއް ގޮތަށެވެ. ލޭންޑް ޔޫސް ޕްލޭނުގައި ގޯތިދެވޭ ގޮތަށް އޮތްކަމަށް ދައްކާ ބިމުގެއަޑީގައި ހޮޅިއާއި ކަރަންޓް ކޭބަލާއި އޮތިއްޔާ އޮންނާނެކަން ވެސް އެނގޭނީ އެޗްޑީސީއަށެވެ. 

ގޯތިދޭ ސަރަހައްދެއްގެ ބިމުއަޑީގައި ހޮޅިތަކަކާއި ކޭބަލްތަކެއް އޮއްވާ އެ ތަކެތީގެ މަތިން ގޯތިދޭކަށް އެޗްޑީސީން އެއްބަހެއް ނުވާނެއެވެ. އެއްބަސްވަންޏާ ވެފައި އޮންނާނީ އެކަމަށް ހައްލެއް އޮވެގެންނެވެ. އަމިއްލަ މީހުނަށް ދޫކުރާ ގޯތިތަކެއްގެ ބިމުގެއަޑީގައި އާއްމު ފާހާނާ ހޮޅިތަކާއި ފެން ހޮޅިތަކާއި ކަރަންޓް ކޭބަލްތައް އޮންނަ ގޮތަކަށް އެއްވެސް ބަޔަކު އާއްމުންނަށް ގޯއްޗެއް ދުލެއް ނުކުރާނެއެވެ.

އާއްމު ފާހާނާ ހޮޅިތަކާއި ފެން ހޮޅިތަކާއި ކަރަންޓް ކޭބަލް ބިމުއަޑީގައި އޮތް ސަރަހައްދަކުން ގޯތި ދެންންޏާ އެ ތަކެއްޗާ މެދު ކަންކުރާނެ ގޮތެއްވެސް ކަނޑައަޅާފައި އޮންނާނެއެވެ. ކޭބަލްތަކާއި ހޮޅިތައް ބަދަލުކުރާނެ ގޮތެއް ރާވަފައި އޮންނާނެއެވެ. އެތަކެއްޗާމެދު އަމަލު ކުރާނީ ކިހިނެތްކަން އޮންނާނީ ކުރިއާލާ ނިންމާފައެވެ. ކަން ކުރާން ތިބި މީހުން ބަދަލުވުމަކީ ކުރަން ހަމަޖެހިފައި އޮތް ގޮތަކަށް ކަމެއް ނުކުރާން އޮތް ހުއްޖަތެއް ނޫނެވެ.

ބިންވެރިޔާ ސްކީމުން ގޯތި ދިނުމަށް މަގުމަތީން ޕްލޮޓްތަކެއް ކަނޑައެޅުނުކަމަށް ވާނަމަ އެކަން ކަނޑައެޅި ބަޔަކަށް އެކަމެއް ނޭގޭނެ ހެއްޔެވެ. މަގުމަތީން ގޯތިދޭންޏާ އަޑީގައި ފެނާއި ނަރުދަމާގެ ހޮޅިތަކާ ކަރަންޓް ކޭބަލް އޮންނާނެކަން ނޭނގޭނެހެއްޔެވެ. ލޭންޑް ޔޫސް ޕްލޭން އޮންނަނީ އެގޮތަށް ހެއްޔެވެ. ހޮޅިތަކާއި ކޭބަލާއި މަގުމަތިން ގޯތިދޭން ނިންމާފައިވާ ކަމަށް ބުނެ އައު ސަރުކާރުން އެ ދައްކަނީ ކަނޑައެލިގެން ދޮގުވާހަކައެކެވެ. ސަރުކާރުން އެވާހަކަ އެހެން ދެއްކުމުގެ ބޭނުމަކީ ކަނޑައެޅިފައިވާ ގޮތަށް ގޯތިތައް ދޫނުކޮށް ހިފެހެއްޓުމެވެ. 

ކުރީ ސަރުކާރުން މާލޭ މީހުނަށް ހުޅުމާލޭން ދޭން ނިންމާފައިވާ ގޯތިތައް ދިނުމުގެ ނިޔަތް މިސަރުކާރުގައި އޮތްނަމަ ކުރިން އެކަން ކުރަން ނިންމާފައިވަނީ ކިހިނެތްތޯ ބަލާ އެގޮތަކަށް އެކަން ކުރާނެއެވެ. ކުރީގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގިނަ ބައެއްގެ ގޯތިތައް އެހެން ތާކަށް ބަދަލު ކޮށްލުމުގެ ބަހަނާގައި ބޮޑެތި ވާހަކަފަޅާ ރައްޔިތުންނަށް އޮޅުވާލަން ނުހަދާށެވެ.

ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަކީ ކޮބައިކަން ބަލާކަށް ސަރުކާރުން ކޮންމެހެން އުޅޭނެ ކަމެއް ނެތެވެ. ރައްޔިތުންނަށް ވާދައްޗަކީ ކޮބައިކަން ވަރަށް ސާފެވެ. ރައްޔިތުންނަށް ވާދައްޗަކީ ކުރީ ސަރުކާރުން ކަނޑައެޅި ގޮތަށް ގޯތިތައް ހަވާލުނުކޮށް ލަސްކުރާ ލަސްކުރުމުގެ ދައްޗެވެ. އަކުރަމް ކަމާލުއްދީން ވިދާޅުވާހެން ކަންތައްތައް އޮޅުވާލަން އުޅުއްވަންޏާ ހަމަ ދާނީ އަތަށް ގޮވަމުން އަތަށް ގޮވަމުންނެވެ.

]]>
Tue, 19 Mar 2024 15:07:04 +0500 ހީރަސްނިއުސް
ހަގީގީ ހާދިސާ: ބެރިންމަދޫ މީހުން ކޯމަހަށް ފަނިދިނުން. ކުރީޒަމާނުގެ ހިކުމަތްތެރި ޑްރޯން އޮޕަރޭޝަނެއް https://heerasnews.com/2330 https://heerasnews.com/2330 އެއީ މީގެ އަހަރުތަކެއް ކުރިން ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގެ ވެސް ކުރީކޮޅު ހއ ބެރިންމަދޫގައި މީހުން ދިރިއުޅުނު ޒަމާނެވެ. ހުޅަނގު މޫސުމެއްގެ ގަދަ ދުވަހެއްގެ އަސުރުން ދަށްވި ފަހުން ބެރިންމަދޫ ކަތީބު އަތިރިމައްޗަށް ނުކުންނެވި އިރު ކަމަކު ދާކަށް ނެތެވެ. ބަޔަކު ކަނޑުވެގެން ސަލާމަތަށް އެދި ގޮވާ ކަނޑުގައި ބަކަތަޅަނީއެވެ. 

ކަތީބު އަވަސް ފިޔަވަޅުގައި އޮފީހަށް ދުރުވެ އަލިފާން ސަންގުފުމެ ރައްޔިތުން އެއްކޮށް ކަނޑުވި މީހުން ސަލާމަތް ކުރަން ރައްޔިތުންނަށް އެންގެވިއެވެ.

ލަސްތަކެއްނުވެ ފަނިގިރައިގެން ކަނޑުވި މީހުން ސަލާމަތް ކުރުމަށް ގައިގައި ވަރުހުރި ޒުވާނުން ޖަހާ ދޯނީގައި ފަނިރުނބާ ހިފައިގެން ކަނޑުވި މީހުންނާ ދިމާއަށް  ނައްޓާލިއެވެ. 

ކަތީބު ހުންނެވީ އަމިއްލަ ލޮލުން "ޑްރޯން" އަރުވައިގެން ވާނުވާ ބަލަން އަތިރިމަތީގެ އުސް ގަނޑެއްގެ މަތީގައެވެ. މައްޗަށް އެރުނަކަސް ކަނޑުމައްޗަށް އެރުމަކީ ކަތީބުގެ ރޭންްޖެއް ނޫނެވެ. ވީމާ ދެލޯ ދެ ޑްރޯނަށް ހަދައިގެން ކަތީބަށް ޖެހުނީ ރަށު އަތިރީގައި ކަނޑުމަތި ބައްލަވަން ހުންނަވާށެވެ.

ކަނޑުވި މީހުންނަށް ފަހުންވީގޮތުގެ ވާހަަކަ އެބަ ލިޔަމެވެ. އޭގެ ކުރިން މިފަދަ ހާދިސާތަކާ މިހާރު އެންމެ ގުޅޭ އެއްވާހަަކަ ދައްކާލާނަމެވެ.

އިންޑިއާއިން ހިލޭ ދީފައިވާ ޑޯނިއާ މަތިންދާ ބޯޓާ 2 ހެލިކޮޕްޓަރުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އަމިއްލަ ވަންތަކަން ގެއްލޭތީ ތުރުކީ ވިލާތުން ހިލޭދިން ޑްރޯން މަތިންދާ ބޯޓު ތަކެެއް ރިމޯރޓުން ދުއްވަން ފެށީމާ ކުއްލިއަކަށް މިނިވަންކަން ލިބި ސިޔާދަތު ސާފުވެ ސަރަހައްދު ބޮޑުވިކަމަށް ހަދައިގެން ވާހަކަ ދެއްކިޔަސް ނަތީޖާ ސުމެކެވެ. އެކިޔާ ގޮތަށް އެއް ކަމެއްވެސް ބަދަލުވެ ރަނގަޅެއް ނުވެއެވެ. ވާނުވާ އެނގޭނީ ދެކޮޅު ހޯދާ ވިސްނާ ބެލީމައެވެ.

ބުނަމެވެ އިންޑިއާއިން ވެސް ދިން އެއްޗެއް ދީގެން ދުއްވި ބަޔަކު އެ ދުއްވަނީ މުޅިން ހިލެއެވެ. ހިލޭދިން ތުރުކީ ޑްރޯން ދުއްވަން ފެށުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އިންޑިއާއިން ދުއްވާ އެއްޗެއް ދާނީ ކުރިންވެސް ދުއްވި ގޮތަކަށް ދުއްވަމުންނެވެ. އޭރުން މިޖެހުނީ ކޮންތާކު ހެއްޔެވެ؟ 

ތަފާތަކީ ކުރިން ދުއްވަން ތިބި އިންޑިއާ މީހުންގެ ޑިއުޓީ ބަދަލުކޮށް އާބަޔަކު އިންޑިއާއިން އައޭ ކިޔާތީ އިވޭ އަޑެވެ.  އަދިވެސް، ދެންވެސް، ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާ ކުރަމުންއައި ކަމެއް ދާނީ ހިނގަމުންނެވެ. އެކަމަށް އެއްވެސް ހުއްޓުމެއް ހުރަހެއް ނެތެވެ. އިންޑިއާ އައުޓް ފިސާރި އެބަވޭތާއެވެ.

މޯހަން އައުޓްވީ ބޯޓުން މުތާ އެހުރީ އިން ވެފައެވެ. ރޯހިތު ދިޔަ ދުވަހު، ހޭހިތު ކުމާރު ބަޖްވާ ރާއްޖެ އައިސް އިންޑިއާ "އިން" ވާއިރު ކަން ހިނގާ ގޮތުގެ ހަގީގަތް އޮޅުވާލާ ދޮގުމައްޗަށް ބުހުތާނު ދޮގުހެދުން ނޫން ކަމެއް ނުހިނގައެވެ.

އެންމެ ކުޑަކުދިންވެސް ރިމޯރޓުން ޑްރޯން ދުއްވާތާ ކިތަންމެ އަހަރެކެވެ. ތުރުކީ ވިލާތުން ހިލޭދިން ސައިޒުން ބޮޑު އެއްޗެއް ދިވެހި ސިފައިން ދުއްވަން ފެށީމާ ގައުމު މިނިވަންވެ ސިޔާދަތު ހިފެއްޓި ގައުމުގެ ސަރަހައްދު ބޮޑުވާ ކަމަކަށް ވެގެން ރެއެއްގެ ރޭއަޅުކަމަށްވާ ވަރަށް ބަޔަކު ހޭދެބައި ވިޔަކަސް އެއީ ކަން އޮތް ގޮތެއް ނޫނެވެ. 

އިންޑިއާ ހެލިކޮޕްޓަރު ތަކާ ޑޯނިއާ މަތިންދާ ބޯޓްގައި ދިވެހި ސިފައިން އަރާ ތިބެ ކަންކަން ލޮލުން ދެކި އަތުންހިފި ގޮތަކަށް ތުރުކީ ހިލޭ ޑްރޯނުން އެކަމެއް ނުވާނެއެވެ. ކަނޑުވި މީހުން ހޯދުމަށް ބެރިންމަދޫ ކަތީބު ބޭނުން ކުރީ ޑްރޯނެއްގައި ހުރި ކެމެރާއެެއް ނޫނެވެ. ސީދާ ހަމަލޮލެވެ. 

ކަނޑުވި މީހުންނަށް ދެންވީގޮތް ވިދާޅުވާށެވެ.

ބެރިންމަދޫ އަތިރިމަތީ އުސްގަނޑުގައި "ޑްރޯން" އަރުވައިގެން ކަތީބު ހުންނަވަނިކޮށް ޖަހާދޯނީގައި ކަނޑުވި މީހުންނަށް ގިރި ފަނިރުނބާ ހިފައިގެން ނުކުތް ބެރިންމަދޫ ޒުވާނުން، ކަނޑުވި މީހުން ސަލާމަތް ނުކޮށް ފަނިރުނބާ ހިފައިގެން ރަށާ ދިމާއަށް އެނބުރި އަންނަތަން "ޑްރޯނުން" ދެއްކިއެވެ.

ޖަހާ ދޯނިގާތްކޮށް ފަނިރުނބާ ބާލާ ރައްޔިތުން އެބޮއެފިއެވެ. 

ޑްރޯނުން ދެއްކި ގޮތާ ހިފާފަށް "ޑޯނިއާ މީހުން" ޖަހާދޯނީގައި ސީދާ ޕޮއިންޓަށް ދިއުމުން އެނގުނީ މިއުޅެނީ ބަޔަކު ކަނޑުވެގެން ނޫންކަމެވެ. ކަނޑުވެފައިވާ އިންސާނުން ތަކެއްގެ ސިފައިގަ މާދުރުން ޑްރޯނަށް އެރި މަންޒަރަކީ ކަނޑުމަތީގައި ބުރުޖަހަޖަހާ ފުމެ އެނބުރި ބަޑިތަޅަމުން އެނބުރެމުންދާ ވަރުގަދަ ކޯމަސް އައިނެކެވެ. 

ނޯޓް: ބައެއް މީހުން ބުނާ ގޮތުން ބެރިންމަދޫ ކަތީބު އެގޮތަށް ކަންކުރެއްވީ ހަގީގަތް ދެނެހުރެ ގަސްތުގައެވެ. ދަތި ޒަމާނުގައި ކާޑުގޭގައި ހުރި ހަކުރުން ހުރިހާ ރައްޔިތުންނަށް އެއްޗެއް ދެއްވުމަށް ޓަކައެވެ. މިވަގުތު އުފެދޭ ސުވާލަކީ ތުރުކީއިން ޑްރޯން ދިނީ ހިލޭ ކަމަށްވާނަމަ، ގައުމުގެ ކަތީބު އަވަސް އަރުވާލައިގެން ޑްރޯން ގަންނަން ކަމަށް ވިދާޅުވެ މާލިއްޔާއިން ނެންގެވި ކަމަށް ބުނާ 37 މިލިއަން ޑޮލަރުން ގިރޭނީ ކިތައް ފަނިރުނބާތޯ އުފެދޭ ސުވާލެވެ.

]]>
Sat, 16 Mar 2024 17:04:01 +0500 Chief Editor
ގޯތިތަކާ ފްލެޓްތައް ނުދެންޏާ ވެރިކަން ހަނދާން ނައްތާލާ! https://heerasnews.com/2328 https://heerasnews.com/2328 ކުރީ ސަރުކާރު ތަކުގެ ވެރިކަމުގައި ކޮށްފައިހުރި ހުރިހާ ކަމެއް ކޮށްފައިވަނީ ސައްހަކޮށްތޯ ބެލުމަކީ އައު ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށްވިއްޔާ ބަލާނެ ލައްކަ ކަންކަން ހުންނާނެއެވެ.

ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމަށް ދެފަރާތުންމެ އިހުތިރާމް ކުރަން ޖެހޭނެއެވެ. އެއްބަސްވުމުގައިވާ ހައްގުތަކާ ވާޖިބުތައް ދެފަރާތުންމެ އަދާކުރަން ޖެހޭނެއެވެ. އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ވާނަމަ އެކަމެއް ހުއްޓުވުމުގެ ބާރު އޮތުމަކީ އާއްމުވެގެންވާ އަސާސީ ހައްގެއް ލިބުމަށް ހުރަސް އެޅުމަށް ދޭ ތަޅުދަނޑިއެއް ނޫނެވެ.

ފަރުދުންގެ ޒާތާގުޅޭ ގޮތުން ކުރިން ނިންމާފައި ހުންނަ ކަންކަން ކޮމެޓީ ހަދައިގެން ބަލާ ބަދަލު ކުރުމުގެެ ހައްގެއް ސަރުކާރަކަށް ނުއޮންނާނެއެވެ. ސަރުކާރަށް އެހައްގު ލިބިގެންވާނަމަ ކުރިން ނިންމާފައިވާ ލައްކަ ކަންކަން ބަލާ ބަދަލު ކުރަންޖެހޭނެއެވެ. މީހަކު ޝަކުވާއެއް ކޮށްލާއިރަށް ދައުލަތުން އެކަމަކާ ގުޅޭ ހުރިހާކަމެއް އެކޮޅުކޮޅުން ޖަހަން ޖެހެންޏާ ހަމައެކަނި ބަލާ އެކޮޅުކޮޅުން ޖަހަންވީ މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކާ ފްލެޓް ތަކުގެ މައްސަލައެއް ނޫނެވެ. 

ކުރީގެ ވެރިކަންތަކުން ބޮޑެތި އެގްރިމެންޓްތައް ހަދާ ފަޅުތަކާ ގިރިތަކާ ރަށްތަކާ މީސް މީހުނަށް ލީސްކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކޮރަޕްޝަން ހިމެެނޭހެން އެތައް ކަމެއް ކުރެވިފައި ހުރިކަން އެނގެއެވެ. ސާބިތުވެފައި ވެސް އެބަހުއްޓެވެ. އެހެނެކޭ ކިޔާ ކުރެވިފައިވާ ލީސް އެގްރިމަންޓްތައް ބާތިލެއް ނުވެއެވެ.  

ކުރީގެ ސަރުކާރުތަކުން ވަޒީފާ ދިނުމުގައާއި ވަޒީފާއިން ވަކިކުރުމުގައި ބައެއްކަންކަން ގޯސްކޮށް ކޮށްފައި ހުރިކަމަށް ވަޒިފާއާއި ބެހޭ ޓްރައިބިއުނަލުން ނިންމާފައި އެބަހުއްޓެވެ. އެހެންވީމާ ކުރީ ސަރުކާރުތަކުން ދީފައިވާ ހުރިހާ ވަޒީފާތައްވެސް ބާތިލުވާނެ ތާއެވެ. ގަވައިދާ ހިލާފަށް މީހުނަށް ވަރިކައިވެނި ކޮށްދީފައި ވެސް އެބަހުއްޓެވެ. އެކަން އެނގޭ ހިސާބުން ކުރީގެ ކޮށްފައިހުރި ހުރިހާ ކައިވެނީގެ އަގުދުތައްވެސް ބާތިލުވާނެއެތާއެވެ. 

މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން މީހެއްގެ ވަޒީފާއާއި ގުޅޭގޮތުން ސަރުކާރަކުން ނިންމާފައިވާ ގޮތާ ދެކޮޅަށް ޓްރައިބިއުނަލުން ކަމެއް ނިންމުމަކީ ވަޒީފާ ދިމުގެ މުޅި ޕްރޮސެސް ބާތިލު ވާކަމެއް ނޫނެވެ. ކަމެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ވާނަމަ އެކަމެއް ވަރަށް ސާފުކޮށް ޝައްކެއްނެތް މންވަރަށް ކާކު ކުރީ ކީއްކަން ބަޔާންކޮށް އެމައްސަލައަކަށް ގާނޫނީ ހައްލެއް ހޯދާދޭން ޖެހޭނީ ކޯޓުންނެވެ. 

ކޮމެޓީ ހަދައިގެން ހިޔާވަހިކަމުގެ ހައްގަށް އަރައިގަންނަން ބައެއްގެ ނިއްކުރީގައި ނަޒާހަތުގެ ސިއްކަ ޖައްސައިގެން ކަތިލެވޭ ކަންބަޅިތަކަކަށް އެމީހުން ހަދަން މުއިއްޒު އުޅޭނެ ކަމެއްނެތެވެ. އެއްބަސްވުމާ އެއްގޮތަށް ގޯތިތަކާ ފްލެޓްތައް ނުދެންޏާ ވެރިކަން ހަނދާން ނައްތާލާށެވެ.   

]]>
Fri, 15 Mar 2024 17:45:55 +0500 ހީރަސްނިއުސް
ދުނިޔޭގެ ޑިމޮކްރެޓިކް ވެއްޓަށް ރައީސް ސޯލިހަކީ ދަންމަރެއް: ވީ&ޑެމް https://heerasnews.com/2323 https://heerasnews.com/2323 ބަވަނަވެތި ދުނިޔޭގައި ނެތެމުންދާ ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމުގައި ރައީސް ސޯލިހަކީ އަލިގަދަ ފާހަގައެއް ކަމަށް ވީ-ޑެމް ބުނެ ތައުރީފް ކޮށްފިއެވެ. ވީ-ޑެމްއަކީ ޑިމޮކްރަސީއަށް ފުރޮޅެމުންދާ ޖަޒީރާ ގައުމުތަކުގެ އިހުތިޔާރީ ގްރޫޕެކެވެ.

ޑިމޮކްރެޓިކް އަގުތައް ދޫކޮށް ފެޔަށް ޖެހެމުންދާ ބަވަނަވެތި މިއަދުގެ ދުނިޔޭގައި ހުދުމުހުތާރު ކަމާދުރަށް ރާއްޖެ ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިކަން އެ ޖަމާއަތުން ފާހަގަ ކުރެއެވެ. ދިރުން ހުރި ޑިމޮކްރަސީއަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ އުންމީދުން ފުރިގެންވާ ވެރިކަމެއް ރައީސް ސޯލިހު ކުރެއްވިކަމަށް ވީ-ޑެމްގެ ރިޕޯޓް 2024 ބުނެފައިވެއެވެ. 

ހުދުމުހުތާރު ވެރިކަމުން ޑިމޮކްރަސީއަށް ރާއްޖެކުރި ދަތުރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދަތުރެކެވެ. އަހަރުތަކެއް ވަންދެން އޮތް ސިޔާސީ ހަލަބޮލިކަމަށް ފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވީ ގައުމު ހަމަ މަގަށް އެނބުރުމުގެ ނިޝާނެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބީއާއި، އޭގެ ފަހުން މަޖިލިސް އިންތިހާބުގައި ބޮޑެތި ކާމިޔާބީތަކެއް ލިބުމަކީ ޑިމޮކްރެޓިކް ވެރިކަމަކާ ދިމާއަށް އެނބުރުމުގެ ވަރަށް މުހިންމު ބަދަލެކެވެ. އެންމެ ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ދިވެހިން ޑިމޮކްރަސީއަށް ފައްކާކުރުވުމުގައި ރައީސް ސޯލިހަކީ މިސާލެއް ކަމަށް ފާހަގަ ވެގެން ދިޔައެވެ. 

ދުނިޔޭގެ އެހެނިހެން ގައުމުތަކާ އަޅާބަލާއިރު ރައީސް ސޯލިހުގެ ދައުރުގައި ޑިމޮކްރަސީގައި ހޯދިފައިވާ ކާމިޔާބީތައް ބޮޑުކަމަށް ބަޔާންކޮށް އެކަން ހާމަކުރުމަށް ވަރަށް ބޮޑު އިސްކަމެއް އެ ރިޕޯޓްގައި ދީފައިވެއެވެ. 2.8 ބިލިއަން މީހުން ދިރިއުޅޭ 42 ގައުމަކަށް ހުދުމުހުތާރު ވެރިކަމުގެ ނުބައި އަސަރު ކޮށްފައިވާ ކަމުގެ ކަންބޮޑުވުން ފާހަގަ ކޮށްފައިވެއެވެ. ހާއްސަކޮށް ދެކުނާއި މެދުތެރޭ އޭޝިޔާގެ ސަރަޙައްދީ ގޮންޖެހުންތަކުގައި ނުޖެހި ރާއްޖޭން ކާމިޔާބު ކާމިޔާބުކަމާއެކު ޑިމޮކްރަސީ ނެގެހެއްޓިކަން ފާހަގަ ކޮށްފައިވެއެވެ. ގައުމުގެ ސައިޒަށް ނުވަތަ ޖިއޮޕޮލިޓިކަލް ނުފޫޒަށް ބެލުމެއްނެތި ޑިމޮކްރެޓިކް ހަމަތައް ހިފަހައްޓަވާފައި ވަނީ މިސާލެއް ފަދައިންކަމަށް ވީ-ޑެމް ދެކެއެވެ.

މިނިވަން އިންތިހާބާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޖަމާއަތް ހެދުމުގެ މިނިވަންކަން ތަންމިނަށް ރާއްޖޭގައި އޭރު އޮތް އޮތުމަކީ ދުނިޔޭގެ އެހެން ގިނަގައުމުތަކާ ހިލާފަށް ރާއްޖޭން ހޯދި ކާމިޔާބެއް ގޮތުގައި އެރިޕޯޓު ބަޔާންކުރެއެވެ. 

ރާއްޖޭން ދައްކާދިނީ ޑިމޮކްރަސީގެ ކެތްތެރިކަމާއިއެކު ހުދުމުހުތާރު އާދަތައް ފަހަތަށް ޖެއްސުމުގެ ފުރުސަތު އޮތްކަމުގެ ހެކިތަކެކެވެ. ޑިމޮކްރަސީއަށް ދުނިޔޭގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ ކާމިޔާބީތަކުން އުއްމީދު އާކޮށްދިނެވެ. ރާއްޖެއަކީ ޑިމޮކްރެޓިކް އަގުތައް އާލާކުރުމުގެ ހިތްވަރަކަށް ދުނިޔޭގައި ވެގެންދިޔައެވެ. \

ރައީސް ސޯލިހުގެ ދައުރަކީ ރާއްޖޭގެ ޑިމޮކްރެޓިކް ދަތުރުގައި ފާހަގަކޮށްލެވުނު ދުވަސްވަރެކެވެ. ޑިމޮކްރަސީގައި ރައީސް ސޯލިހު ހޯއްދެވި ފާހަގަކޮށްލެވޭ އެއް ކާމިޔާބަކީ 2020 ވަނަ އަހަރު އަނބުރާ ކޮމަންވެލްތުއަށް ގެންދިއުމެވެ. އަލުން ކޮމަންވެލްތުގައި ބައިވެރިވުމަކީ ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި ފެނިގެންދިޔަ ހުދުމުހުތާރު ކަމަށްފަހު ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ދުނިޔެދެކެއެވެ.

]]>
Wed, 13 Mar 2024 21:08:44 +0500 ހީރަސްނިއުސް
ސްޕްރީމް ކޯޓުން ބުންޏަސް ނެތް އެއްޗަކީ އޮތް އެއްޗެއްނޫން! https://heerasnews.com/2319 https://heerasnews.com/2319 ރައްޔިތުންގެ މަޖިލީސް ނޫން ފަރާތަކަށް ގާނޫނު ހެދުމުގެ ބާރެއް ނޯވެއެވެ. ސްޕްރީމް ކޯޓަކީ ގާނޫނު ހަދާތަނެއް ނޫނެވެ. ސްޕްރީމް ކޯޓަށް ލިބިގެންވަނީ ގާނޫނު މާނަ ކުރުމުގެ ބާރެވެ. ސްޕްރީމް ކޯޓުން މާނަ ކުރެވޭނީ ގާނޫނުގައި އޮތް އެއްޗެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދެއް ކަނޑައެޅިފައެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވައިދެވެ. އެ ގަވައިދަކީ ގާނޫނެކެވެ. އެ ގާނޫނަކީ ރައިސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވެސް ޖެހޭ ގާނޫނެއް ނޫނެވެ. އެއީ މަޖިލީހުން ފާސްކުރުމުން ގާނޫނަކަށްވާ ގަވައިދެކެވެ.   

މަޖިލީހުގެ ބޭނުމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. ގާނޫނު އަސާސީގައި އޮތްގޮތް ނޫން އެހެން ގޮތަކަށް ކަމެއް ހުށަހަޅައިގެން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު ގާނޫނު އަސާސީ ދީފައި އޮންނަނީ ވެސް މަޖިލީހަށެވެ.   

އެހެން ނޫނަސް ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ މެންބަރުންނެވެ. ދާއިރާއެއް ގޮނޑިއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ކަންކަން ނިންމަން ގާނޫނު އަސާސީގައި ބުނަނީ މެންބަރުންގެ އަދަދުންނެވެ. އެކި ކަންކަން ނިންމެނީ އެކި އަދަދަށް މެންބަރުންގެ ވޯޓުންނެވެ.

ދާއިރާގެ އަދަދަދަށް ބަލަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށެވެ. ދާއިރާއެއްގައި އިންތިހާބު ވެފައިވާ މެންބަރަކު ނެތް ކޮންމެ ހާލަތެއްގައި އެދައިރާގެ މެންބަރަކު ނުހުންނާނެއެވެ. 

ގާނޫނު އަސާސީގެ އެއްވެސް ތަނެއްގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ އަދަދު ކަޑައަޅާފައެއް ނެތެވެ. ގާނޫނު އަސާސީ ބުނަނީ އަބާދީ ގެ ނިސްބަތުން ދާއިރާތައް ކަނޑައަޅާ އެދާއިރާތަކުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާން 6 މަސް ދުވަހަށް ވުރެ މުއްދަތު ކުރުވެފައިވާނަމަ ދާއިރާއެއްގެ މެންބަރުކަމުގެ ގޮނޑި ހުސްވިޔަސް އެދައިރާއަށް މެންބަރަކު އެދައުރުގައި އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ގަދަ އަމުރުން ގާނޫނު އަސާސީ އަމުރު ކޮށްފައިވެއެވެ. 

އެއްވެސް ސަބަބަކާހުރެ ދާއިރާ ތަމްސީލުކުރާ މެންބަރަކު މަޖިލީހުގައި ނެތްނަމަ ދާއިރާގައި މެންބަރަކު ހުރި ކަމަކަށް ނުބެލޭނެއެވެ. ދާއިރާއެއް ތަމްސީލުކުރާން މެންބަރަކު ނެތިދާ މުއްދަތުގައި ނިންމާ އެއްވެސް ކަމެއްގައި އެދައިރާ އެހިދަށް ތަމްސީލެއް ނުވާނެއެވެ. މަޖިލީހުން އެހާލަތުގައި ނިންމާ އެއްވެސް ނިންމުމެއްގައި އެދާއިރާގެ މެންބަރުގެ ބަހެއް ނުލިބޭނެއެވެ. ދާއިރާއެއް އޮތަސް ހުސް ގޮނޑިއެއް ހުއްޓަސް އެދައިރާގައި މެންބަރަކު ނުހުންނާނެއެވެ. 

ސްޕްރީމް ކޯޓުން ބުންޏަސް ނެތް އެއްޗަކީ އޮތް އެއްޗަކަށް ނުވާނެއެވެ. ނެތް އެއްޗެއް އޮތްކަމަށް ބަލައިގެން ކަންކަން ނިންމުމަކީ ވެވޭނެ ކަމެއް ނޫނެވެ. 

]]>
Tue, 12 Mar 2024 20:33:07 +0500 ހީރަސްނިއުސް
ޕީޕީއެމަކީ މުއިއްޒުގެ ކާންނުދޭ ކިރުފެލާގެރި! https://heerasnews.com/2311 https://heerasnews.com/2311 ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ފިކުރަކީ ޕީޕީއެމް ފިކުރެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް)އަކީ ދެވަނައަށް އެންމެ ބޮޑު ޕާޓީއެވެ. ޕްރޮގްރަސިވް ކޯލިޝަންގެ މައި ޕާޓީއަކީ ވެސް ޕީޕީއެމްއެވެ.

ރާއްޖޭގައި މިއަދު އޮތީ ޕްރޮގްރެސިވް ކޯލިޝަންގެ ވެރިކަމެއް ކަމަށް ބުނާއިރު ކޯލީޝަންގެ މައި ޕާޓީ އޮތީ ކޯމާގައެވެ. ހަތަރެސް ފައިނެތް ކޮންމަސް ބުރިއެއް ގޮތުގައެވެ. ވެރިކަމުގައި ޕީޕީއެމްގެ އާރެއް ބާރެއް ނެތެވެ. ސިޔާސީ މައިދާނުގައި ޕީޕީއެމަށް އެއްވެސް ފުރުސަތެއް ނެތެވެ. ޕީޕީއެމްގެ މައްޗަށް ކޯލިޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓިން އަތްގަދަކޮށް ޕީޕީއެމްގެ ބާރު ވަނީ އެކީ އެކައްޗަކަށް ކަނޑުވާލާފައެވެ. 

ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމެއް ނުހިމެނެއެވެ. ރައީސުލްޖުމްހުރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޕީޕީއެމަށް ނިސްބަތްވާ ބައެއް ނޫނެވެ. ނިމެމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީޕީއެމްގެ ދެ ނައިބުރައީސުންނަށް ވަޒީރުކަން ދީގެން މަޖިލީހުގެ ތެރޭން ޕީޕީއެމްގެ އަޑު ވަނީ ކަނޑުވާލާފައެވެ. ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ހުރި ޕީޕީއެމްގެ ހަމައެކަނި މެންބަރުވެސް ޕީއެންސީއަށް ސޮއިކުރުވައިގެން މަޖިލީހުގެ ތެރެއިން ޕީޕީއެމް ވަނީ ފުހެލާފައެވެ. 

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަކަށް ޖާގައެއް ނެތެވެ. ޕީޕީއެމްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު އެކީ އެކައްޗަކަށް ވަނީ ބަންދު ކޮށްލާފައެވެ. ޕްރޮގްރެސިވް ކޯލިޝަނުން މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހަށް ވާދަކުރެވޭނީ ހަމައެކަނި ޕީއެންސީ ޓިކެޓްގައި ކަމަށް ކަނޑައަޅާ ޕީޕީއެމްއަށް ލިބިފައި އޮތް މަޖިލީހަށް ވާދަކުރުމުގެ ގާނޫނީ ހައްގުން ޕީޕީއެމް އޮތީ މަހުރޫމް ކޮށްފައެވެ. 

ޕީޕީއެމްގެ ދެނައިބު ރައީސުން ކަމުގައިވާ ގައްސާނު މައުމޫނާއި އަހުމަދު ޝިޔާމްގެ ސިޔާސީ މަންފާއަށްޓަކާ 36000 އަށް ވުރެ ގިނަ މީހުން ހިމެނޭ ބިޔަ ޕާޓީ ޕީޕީއެމް އޮތީ ކޯމާއަށް ލާފައެވެ. ނޭވާ ހޮޅިއަށް އެޅިފައެވެ. 

ޕީޕީއެމަކީ ކާންނުދީ ބާއްވާފައި އޮންނަ ޕީއެންސީގެ ކިރުފެލާ ގެރިއެވެ. ރައީސް މުއިއްޒުގެ ބާރުވެރިކަން ދަމަހައްޓަން ބޭނުންކުރާ އަޅުމަސައްކަތްކުރާ އަޅުންގެ އަޅުންނަށް ޕީޕީއެމްގެ 36000އަށް ވުރެ ގިނަ މީހުން މިއަދު ވަނީ ހަދާފައެވެ.

ޕީޕީއެމްގެ 36000 އަށް ވުރެ ގިނަ މީހުންގެ ނަމުގައި ދައުލަތުން ދޭ ފައިސާ ބޭނުން ކުރަނީ ޕީއެންސީ ބޮޑުކޮށް ޕީއެންސީގެ ބޭނުން ތަކަށެވެ. ޕީޕީއެމްގެ ސިޔާސީ ބާރުވެރިކަމަށް ބައި ސެންޓް ވެސް އެއިގެން ހަރަދެއް ނުކުރެއެވެ. މި އަހަރުވެސް ޕީޕީއެމަށް 10 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ލިބުނެވެ. އޭގެން އެންމެ ފައިސާ ފޮއްޗެއް ވެސް ޕީޕީއެމްގެ ބޭނުމަށް ބޭނުން ކުރާނަމަ ޕީޕީއެމްގެ ނަމުގައި އެންމެ ކެންޑިޑޭޓަކު ނަމަވެސް ނެރެގެން މަޖިލީސް އިންތިހާބުގައި ވާދަކޮށްލުމަށް ފުރުސަތު ދިނީހެވެ. ޕީޕީއެމުން ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް މީހަކު ހޮވާ ހަގީގީ ސިޔާސީ ޕާޓީއެއް ގޮތުގައި ހަރަކާތްތެރި ވުމަށް ޖާގަ ދިނީހެވެ. 

ޕީޕީއެމްގެ ބޮޑު އަބާދީ ރައީސް މުއިއްޒު ބޭނުން ކުރަނީ އޭނާގެ ސަރުކާރު ބާރުވެރި ކުރުމަށް ވޯޓު ހޯދުމަށެވެ. ޕީޕީއެމްގެ މެންބަރުންގެ ނަމުގައި ދައުލަތުން ދޭ ފައިސާ ބޭނުން ކުރަނީ ޕީއެންސީގެ ހަރަކާތް ތަކަށެވެ. ހަގީގަތުގައިވެސް ޕީޕީއެމަކީ ޕީއެންސީގެ ކާންނުދޭ ކިރުފެލާ ގެރިއެވެ. 

ނައިފަރު ޝިޔާމްމެން ޕީޕީއެމްގެ މެންބަރުނަށް ވިސްނާދެނީ ފަސް އަހަރުވަންދެން ތިބީ މަގުމަތީގައި ކަމަށާއި އެހެން އަބަދު ތިބެން ނުޖެހޭނެ ކަމަށެވެ. އެކަމަކު ހަގީގީ ޕީޕީއެމް އޮތީ މިހާރުވެސް މަގުމަތީގައެވެ. ސަރުކާރުގެ މަގާމުތަކުގައި ގިނައިން ތިބީ ޕާޓީއަށްޓަކާ ދާއޮހޮރުވާ ބުރަ މަސައްކަތް ކުރި މީހުނެއް ނޫނެވެ. ހެދުމަށް ރުލެއްވެސް އަރުވާ ނުލާ ހަރުހާރުގާ ފިލާތިބި ބައެކެވެ. ކުރީ ސަރުކާރު ނަގަހައްޓަން މަރުދިން މީހުންނެވެ. ހަނގުރާމަ ނުކޮށް ހަގުރާމައިން މޮޅުވުމުން ގަނީމާ މުދާ ހޯދި މީހުންނެވެ. އަގުދީގެން ގެނައި ކުލީ މީހުންނާއި އެމީހުންގެ އައުވަނުންނެވެ. ޖާނާ މާލުން ގުރުބާންވީ ޕީޕީއެމްގެ ގިނަ މީހުން އަދިވެސް ތިބީ ހަގީގަތުގައި މަގުމަތީގައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ސިޔާސީ އެއްވެސް މަސައްކަތެއް ކުރާކަށް ފުރުސަތެއް ނެތެވެ. ޕީޕީއެމް އެންމެ މެންބަރަކަށް ވެސް މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރުމުގެ ހަނި ޖާގައެއްވެސް މުއިއްޒު ނުދިނެވެ. ޑީއާރުޕީ ދިޔަ މަގުން ޕީޕީއެމް ދުއްވާލާތަން ބަލަން ޕީޕީއެމް ހަމަ އޮންނާނީ ހެއްޔެވެ.  

ޕީޕީއެމް މެންބަރުންނަކީ އެހެން ތިބެން ޖެހޭ ބައެއް ނޫނެވެ. ގައްސާނާއި ޝިޔާމް ޕީޕީއެމްގެ ލީޑަރޝިޕް ހިސޯރުކޮށް ޕީޕީއެމް ކޮންމަސް ބުރިއަކަށް ހަދާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ތެދުވުމުގެ ވަގުތު ޖެހިއްޖެއެވެ. ރަގަޅަށް ވިސްނާ ގޮތް ނިންމާ ޕީޕީއެމް ކޯމާގައި ބޭއްވިޔަ ނުދީ އިސްނަގައި ހިންދަމާލަން ވެއްޖެއެވެ. ޕީޕީއެމަށް ރައީސަކު އިންތިހާބުކޮށް މުއިއްޒުގެ އަޅުންގެ އަޅުން ގޮތުގައި ޕީޕީއެމް މެންބަރުން ތިބިތިބުން ނިމުމަކަށް ގެންނަން ޖެހެއެވެ.

]]>
Sun, 10 Mar 2024 13:03:51 +0500 ހީރަސްނިއުސް
އުތުރުތިލަފަޅުން ދަފްތަރުގެ ރައްޔިތުންނަށް ގޯތިދޭންޖެހޭ: ސަފާތު https://heerasnews.com/2308 https://heerasnews.com/2308 ދަފްތަރު މީހުންނަކީ ބައެއް މީހުން ސިފަކުރާ ފަދަ ދެވަނަ ދަރަޖައިގެ މާލޭ ރައްވެހިންނެއް ނޫނެވެ. ދަފްތަރުގައި ޖެހިގެން ތިބީ އަތޮޅުތަކުން މާލެއައިސް މާލޭ ރަށްވެހިނަށް ވެގެން އުޅޭ މީހުން އެކަންޏެއް ނޫނެވެ. މުޅި އާއިލާ މާލެއަށް ނިސްބަތްވާ ކިތަންމެ ބަޔަކު މާލޭ ދަފްތަރުގައި އެބަ ތިއްބެވެ. މާލެ ދަފްތަރުގެ ރައްޔިތުންނަކީ މާލޭ ރަށްވެހިންނެވެ.

1987 ވަނަ އަހަރުން ފެށިގެން މާލެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މާލޭގެ ދަފްތަރުގެ ރައްޔިތުންނަކީ މާލޭ މީހުންނެވެ. އެހެން ބައެއް ނޫނެވެ. ޒަމާނުއްސުރެ އެ މީހުން ދިރިއުޅެމުންއައީ މާލޭގައެވެ. މާލެ ދަފްތަރުގެ ގިނަ ރައްޔިތުންނަކީ މާލެއަށް އުފަން މާލޭ ރަށްވެހިންނެވެ. މާލޭ ދަފްތަރުގައި ދެންތިބީ ވަޒީފާ އަދާކުރުމުގެ ގޮތުންނާއި އެނޫން ބޭނުންތަކުގައި މާލެއަށް ހިޖުރަކޮށް ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ދިރިއުޅޭ ރައްޔިތުންނެވެ. އެހެން ކަމުން މާލޭ ރައްވެއްސެންނޫން މީހަކު މާލޭ ދަފުތަރަކު ނެތެވެ.

ހަމަތެދެކެވެ. ސީދާ މާލެއަށް ނިސްބަތްވާ 7000އަށް ވުރެ ގިނަ މީހުން ދަފްތަރުގައި މާލޭގެ ރައްޔިތުންގެ ގޮތުގައި އެބަތިއްބެވެ. ބޯހިޔާވަހިކަން ނުލިބޭތާ ނިސްބަތްވާ މައިފުނަގޭގައި ރަޖިސްޓްރީ ވެލައިގެން ތިބުމުގެ ފުރުސަތު ނެތިގެންނެވެ. ހަގީގަތުގައި އެންމެ ބޮޑަށް ނިކަމެތިކަން ލިބިފައިވާ މާލޭގެ ރައްޔިތުންނަކީ އެއީއެވެ. ގޯތި ގެދޮރުން މަހުރޫމްވެފައިވާ ހަގީގީ މާލޭ މީހުންނަކީ އެއީއެވެ.

ރައިސް ސޯލިހުގެ ވެރިކަމުގައި އުތުރުތިލަފަޅުން 215 ހެކްޓަރު ބިން ހިއްކަން ނިންމެވިއެވެ. އެ ނިންމުން ނިންމެވީ ދަފްތަރުގައިވާ މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ އަތޮޅުތަކުގެ ރައްޔިތުނަށް ބޯހިޔާވަހިކަން ދިނުމަށެވެ. އުތުުރު ތިލަފަޅުން 215 ހެކްޓަރުންގެ ބިން ހިއްކަން ކަނޑައެޅުއްވީ އުތުރުތިލަފަޅުގައި ހަދަމުންދާ އެމްއެންޑީއެފްގެ އަސްކަރީ ބަނދަރާ މުޅިން ވަކިންނެވެ.

މާލޭ ދަފްތަރުގައި ހިމެނޭ މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅެތާ ގިނަ ދުވަސްވީ އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން އުތުރު ތިލަފަޅުން 4،500 އަށް ވުރެ ގިނަ ގޯއްޗާއި، މާލެ ސަރަހައްދުން 8،000 ފްލެޓް ދޫކުރުމަށް ބޯހިޔާވަހިކަމުގެ ސްކީމެއް ރައިސް ސޯލިހު ހުޅުވާ ލެއްވީ ސަމާސާއަކަށް ނޫނެވެ. ބޯހިޔާވަކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯއްދަވާ ދެއްވުމަށެވެ.

ދަފްރަތަރު ރައްޔިތުންނަށާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ ރައްޔިތުންނަށް ގޯތި ދިނުމަށް އުތުރު ތިލަފަޅުން 5,525,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް ހަމަޖެއްސާ އެފުރުސަތު ހުޅުވާލުން ވެގެން ދިޔައީ އެތައް ބައެއްގެ އުންމީދުގެ ނިމުމުގެ ފެށުންކަމަށެވެ. އުތުރުތިލަފަޅުން ބޯހިޔާ ވަހިކަމަށް އެދެން ހުޅުވާލުމުން އެކަމަށް އެދި އެތައް ހާސް ބަޔަކު ކުރިމަތިލިއެވެ.

އުތުރު ތިލަފަޅުން ގޯތި ހޯދަން އެދުނު މީހުންގެ ތެރޭގައި މާލޭ ހާއްސަ ދަފްތަރުގައި ތިބި އަސްލު މާލޭ ރަށްވެހިންގެ  3000އަށް ވުރެ ގިނަ މީހުން އުތުރު ތިލަފަޅުން ހިޔާވަހިކަން ހޯދަން އެދިފައިވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ނިކަމެތި ރައްޔިތުމީހާ އަނެއްކާވެސް މާޔޫސްވީއެވެ. ގޮތް ހުސްވީއެވެ.

ރައީސް މުއިއްޒު ސަރުކާރުން އުތުރު ތިލަފަޅުން ހިޔާވަހިކަން ދިނުމަކީ ނެތް ކަމަކަށް ހަދައިފިއެވެ. ކުރީ ސަރުކާރުގެ އެނިންމުމަށް އިހުތިރާމް ކުރެއެއް ނުކުރެއެއް ނޭގެއެވެ. އުތުރުތިލަފަޅުން ހިޔާވަހިކަން ދިނުމުގެ ސްކީމް އޮތެއް ނެތެއް ނޭގެއެވެ. މާލޭގެ ހަގީގީ ރައްޔިތުންގެ ތެރެއިން އެންމެ ނިކަމެތި ރައްޔިތުންނަށް ދިއްލުނު އުންމީދުގެ ހުޅުކޮޅުވެސް މުއިއްޒު ސަރުކާރުން ނިވާލީއެވެ. 

ސަފާތު އަހުމަދު ޒާހިރު ރައްޔިތުންގެ މަޖީލީހަށް އެ ނިކުންނެވީ ދަފްތަރު ރައްޔިތުންގެ ހައްގުގައެވެ. އުތުރުތިލަފަޅުން ދަފްތަރު ރައްޔިތުންނަށް ހިޔާވަހިކަން ހޯދާދިނުމަށް ހިތާރޫހުން ގުރުބާންވުމަށެވެ. އުތުރުތިލަފަޅު ހިޔާވަކަމަށް ހާއްސަކުރެވި ދަފްތަރު ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރު ކުރެވެންދެން ފަހަތައް ޖެހުނެތި ސަފާތު ދާނީ ކުރިއަށެވެ.

]]>
Thu, 07 Mar 2024 16:26:41 +0500 Chief Editor
ކަސްބީންގެ ތޭރަ މީހަކު ގަނެވުނީމާ ހައްސައެކޭ ހީވީތަ! https://heerasnews.com/2304 https://heerasnews.com/2304

ރަނޑާލި ފާޑަކަށް ހިނގަމުން ގަޔާލާ އަތް ފިއްތައިގެން މެޔާ ހަމަޔަށް އަތްނަގައިގެން ހުރެ އަތްތިލަ ކުޑަ ހުޅުން ލަބަމުން ގަދަބަސް ބުނާނީ ލައްކަ ރިހަވީމައެވެ. ފަށަންމަތީ މަތިމައްޗަށް ޑެގު އަޅައިގެން އެމަތީ ގުޑާގު ބަންދު ކޮށްގެން މުޅި މާލޭގައި ރަތް ބާނި ދަމައިގެން ފައިސާ ދޮންނަމުން  އުމަރުގެފާނޭ ކިޔަކަސް އެންމެންނަކު ނުސިހޭނެއެވެ. 

ހަރުވާޅު ނުލާ މުންޑު ކޯލީޝަނަށް ލޯނާށިން މާލެ ދައްކައިގެން އުޅުނަސް ކަމަކާ ޖެހުނީމާ ޖެހޭނީ ހަމަ ނަކަސްތަޅާށެވެ. ޅަނބާޅަ ލަނޑޮނޅު އުމުރުގައި ބެހުނު ގޮތަކުން ބަޓަރުބޭމެންގެ އަތްދޮށުވެ ގޮނޑިފޮއި އަޅާން އުޅުނީމާ ބެހުމަކީ ކޮބައިކަން ނޭނގިއެއް ނުހުންނާނެއެވެ.

ރިޔަލު ދޯނީގެ ޒަމާނުގައިވެސް ކުޑަރިޔާ ނަގަން ބޭނުންވީމާ އިންނަފަތްގަނޑު އިރައިގެން ދިޔަސް ހެޔޮކަމަށް ކަފިވަޅަށް ކުނބު ޖަހާކަށް ނޫޅެއެވެ. އެވަރުވެސް ރަތް ބާނި ތަކުރުމެނަށް ނޭގޭ ވަރަށް ތިބެނީ އެނދު ކެނޑިފައެވެ.

ހެއްދެވިހާ ބޮޑު ކަނޑަމުން ބުނާ ބަސް ގަދަކުރަން އާޔަތާއި ހަދީސް ކިޔަނީ ހެއްދެވި ފަރާތަށްވެސް އޮޅުވާލާށެވެ. އަޖައިބެއް ނުވާނެހެއްޔެވެ. އުމަރުގެފާނެއް ރިޝްވަތެއް ނުބައްސަވައެވެ. ބޮކުބާރެއް ނުދައްކަވައެވެ. އިދިކޮޅެއް އެއްކޮޅެއް ނުގެން ގުޅުއްވައެވެ. ދޮގުވެރިންނަށް ހިތްވަރުދީ ދޮގުވެރިކަން ދަމަހައްޓަން ޒައްރެއްގެ މިންވަރުވެސް ހަރަދެއް ނުކުރައްވައެވެ. 

ތެލި ސޭޓް އުޅެން އުޅޭ ފާޑެއް ދޮތައެވެ. ރަނޑާލީންނަށް ނަކަސް ތެޅޭނީ ގަސްގަސް ބުޑުގައެވެ. ވައްވައް ޖެހީމާ ސިހޭނީ ދެބައިން ބާވެފައި އޮތް މުންޑު ކޯލިޝަނެވެ. ފައިތިލަ މަތީ އަތޮޅުވެރިން ކުޑަކަކޫ ޖެހި ޒަމާން އެއީ މާޒީއެވެ. 

މިހާތަނަށް އިދިކޮޅުން ކުރިކަމެއް ކުރީކީ އެބުނާ ގޮތަށް މީހަކު ކުރާނެ ކަމެއް ކުރަން ދީގެން ތިބެގެނެއް ނޫނެވެ. އެ ބަޔަކު ތިބިއްޔަކީ ބެހޭނެ ގޮތަކަށް ބެހެން ދީގެނެއް ނޫނެވެ. ބެހުނަސް ކުރާނެ ކަމެއް، ކުރެވޭނެ ކަމެއް ނެތިގެންނެވެ. އަދިވެސް ޖެހޭނީ ހަމަ އެގޮތަށް ތިބޭށެވެ. 

ދާދި މި ދާކަށް ދުވަހު މޭ ފުއްޕާފާ މީހަކު ބުނާ އަޑު އެހީމެއެވެ. އަޒުލު ކުރެވޭނީ ތިމަންގެ ފުރާނަ ދުއްވާލާފައެވެ. ހިތުން ހާލިދު ބުން ވަލީދު ހެދިގެން ފުއްޕަނީ އަތުގައި މާބޮޑު ފިތުރު ފޮއްޓެއް ހުރެގެން ނޯލައެވެ. ހަށިވިއްކާ ކަސްބީންގެ ތޭރަ މީހަކު ގަނެގެން ގެންދެވުނީމާ ހައްސައެކޭ ހީވަނީ ތާއެވެ. 

ކިތަންމެ ބޮޑާވެފައި ބުންޏަސް ވަކިމީހަކު ނެތީމާ ދެރަވާނެއެވެ. ކަން ބޮޑުވާނެއެވެ. ވަކި މީހަކު ނެތުމުން ނުވާނެ މޮޅު ބައިވަރެވެ. ދިފާއަށް ކުޅުން ނޫން އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެހެން އުޅެން ހަދައިގެން ޖެހެނީ ބައިގޯލެވެ. 

ހަމަތެދެކެވެ. ނުލަފާކަން ދައްކާލަން އެގޭނީ ވަކި ބަޔަކަށް ނޫނެވެ. ހިފާނެ ކުއްތާ ވައްވަކެއް ނުޖަހާނެއެވެ. ގުޑާގު ވިއްކަމުން ރިޝްވަތު ދެމުން ފައިސާ ދޮންނަމުން ގޮނޑިފޮއި އަޅަމުން އާޔަތްކިޔަމުން އުމަރުގެފާނު ހެދިގެން އުޅުުމުގެ ނިމުން ނިކަން ހިތިވާނެއެވެ.  

]]>
Tue, 05 Mar 2024 21:44:08 +0500 ހީރަސްނިއުސް
މުއިއްޒު ކެންޑިޑޓާއި ޕީއެންސީ ކެންޑިޑޭޓްގެ މުޑިއެރުން https://heerasnews.com/2303 https://heerasnews.com/2303 ޕީއެންސީއަކީ ވެރިކަމަށް އައި އިރު 3000 ހަމަނުވާ ކަރުދާސް ޕާޓީއެކެވެ. ރައީސް ޔާމީނު އަތްޕުޅުން ޕީޕީއެމް ދޫވެދާނެ ކަމުގެ ބިރަށް ހެދި ބެކަޕް ޕާޓީއެކެވެ. ޕީޕީއެމް ލީޑަރޝިޕުން މަދު ބަޔަކު ހިމެނޭހެން  ނަމެއްގައި އޮތް ޕާޓީއެކެވެ.

ޕީޕީއެމްޕީއެންސީގެ ސެނެޓަކީ އެއް ސެނެޓެކެވެ. ޕީއެންސީއަށް ސިޔާސީ އެއްވެސް ބާރުވެރިކަމެއް ޕީޕީއެމާއި ނުލާ ލިބިގެނެއް ނުވެއެވެ. ރަށްރަށުގައި އެ ފިކުރުގެ ހުސްވެސް ތިބީ ޕީޕީއެމް މީހުންނެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންނެވެ. އޮންނަނީ ޕީޕީއެމްގެ ސްޓެއަރިންގ ކޮމެޓީއެވެ. އެ މީހުން ޕީއެންސީއެއް ނުދަނެއެވެ.

ރައީސް ޔާމީނު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން މިނިކާ ބާޒުތަކުގެ ވަކިތަކުގެ ދަށުން ޕްރޮގްރެސިވް ކޯލިޝަން ސަލާމަތް ކުރެއްވުމަށް ޕްރޮގްރެސިވް ކޯލިޝަނުގެ ހުންގާނު ދޫކޮށްލެއްވީ އަުރޭގެ އަތް މައްޗަށެވެ. ވެރިކަމެއް ކުރެވޭވަރުގެ ގާބިލު ކަމެއް ނެތް ވަފާތެރި ގަބުޅި ކަތީބަކަށް ވީތީއެވެ. ރައީސް ޔާމީނަށް ދޯކާ ނުދޭނެ ކަމަށް ދެކިވަޑައިގެންނެވެ. 

އާހިރުގައި މުއިއްޒާ ބައިވެރިވެގެން ޕްރޮގްރެސިވް ކޯލިޝަން އަދުރޭ ފޭރިގަތީ މިނިކާ ބާޒެއް ފިޔޮއް ކުކުޅެއްގެ ބަނޑުދަށުން ފިޔޮއް ޖަހައިގަންނަހެނެވެ. ކަންވީގޮތް އެންމެނަށް ވެސް ފެންނާނެއެވެ.

ރައީސް ޔާމީނަށް ދޯކާދީ އެ މަނިކުފާނުގެ ނަންފުޅު ބޭނުން ކޮށްގެން މުއިއްޒު ވެރިކަމަށް އިންތިހާބު ވުމާއެކު ސިޔާސީ މަސްރަހުން އެ ބިޔަ ބޮޑު ޕީޕީއެމްގެ ވާގި ނައްތާލީއެވެ. ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމަކަށް ޖާގައެއް ނެތެވެ. ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމުން ވާދަ ކުރުން މަނަލެވެ. ޕީޕީއެމަށް އޮތީ މެންބަރުންގެ އަދަދުން ޕާޓީއަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ ޕީއެންސީ ހިންގަން ދިނުމާއި ޕީއެންސީ ބާރުވެރި ކުރަން ވޯޓު ދިނުމެވެ. 

ޕީޕީއެމްގައި ގިނައީ ރައީސް ޔާމީނަށް ވަފާތެރި މެންބަރުން ކަމުން ޕީޕީއެމްގެ ތާއީދާއެކު މަޖިލީހަށް ވާދަކުރަން ޓިކެޓް ލިބޭނީ ރާއީސް ޔާމީނުގެ ވަފާތެރިންނަށް ކަމަށް ބަލާ ޕްރައިމަރީން ޕީއެންސީ ޓިކެޓް ލިބޭ ކޮންމެ މީހަކީ މުއިއްޒުގެ މީހަކަށް ނުވާނެ ކަމަށް މުއިއްޒު ދުއްޓެވެ. އެހެން ކަމުން ޕީއެންސީއަށް މީހުން ވައްދާލީ ތިޔަ ހެންނަކުން ނޫނެވެ.

މޫނެއް ކަނދުރާއެއް ނުބަލާ މީހުން ވައްދާ ޕީއެންސީ ޕްރައިމަރީގައި 70 ހާހަށް ވުރެ ގިނަ މީހުން ވޯޓްލެއްވިވެ. ސައްހަ ނޫން ވޯޓަރސް ލިސްޓަކަށް ވޯޓުލައްވައިގެން ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރި ބަޔަކު ކާމިޔާބުކޮށްފިއެވެ. ޕްރައިމަރީ ކާމިޔާބު ކުރެވުނަސް ގިނަ މީހުނަށް އެކަމުގައި އުފަލެއް ނެތެވެ.

ޕްރައިމަރީ ކާމިޔާބު ކުރި ގިނަ މީހުންނަކީ ރައީސް ޔާމީނު މީހުން ކަމުގެ ތުހުމަތުތައް ފެށި ގިނަ ދާއިރާތަކަށް މުއިއްޒު މީހުންގެ ނަމުގައި މީހުން ނިކުމެ ކެންޕޭން ފެށިއެވެ. މަޖާ ކަމަކީ ސަރުކާރު ކެންޑިޑޭޓް ކަމަށް އެއް ދާއިރާއަކުން އެތައް ބަޔަކު ދައުވާ ކުރުމެވެ. ޕާޓީ ކެންޑިޑޭޓާއި އަދުރޭ ކެންޑިޑޭޓާއި ސާޖިދާ ކެންޑިޑޭޓާއި މުއިއްޒު ކެންޑިޑޭޓް ތިބެއެވެ. 

ދެރަކަމަކީ ކުރިއްސުރެ ޕާޓީ ފިކުރުގައި ގާތުން ހަރަދުކޮށް ބުރަ މަސައްކަތްކޮށް ބޮޑު ސަޕޯޓު ބޭސް ހިފަހައްޓާ ދެމެހެއްޓީ ގިނަ މީހުންނަށް ފަތަފޮޅިދަށުލާ ފަތްގަނޑަށް ވާވަރުވެސް މުއިއްޒު ވިޔަ ނުދިނީމައެވެ. ދާއިރާގެ މީހުން ދުވަހަކު ލޮލުން ނުދެކޭ މީހުން ދާއިރާތަކަށް ފާކޮށްގެން ޓިކެޓް ދީގެންނާއި ޓިކެޓް ނުދީ ސަރުކާރު ކެންޑިޑޭޓްގެ ގޮތުގައިނެރެ ދާއިރާ ތަކުގެ ރައްޔިތުންގެ އެތައް ބަޔަކު ރޮއްވާލާ އެއޮތް ބޮޑު ޕީޕީއެމް ވުޖޫދުން ފުހެލަނީއެވެ.     

 

]]>
Tue, 05 Mar 2024 18:15:56 +0500 ހީރަސްނިއުސް
ކާން ނަގާ ފައިސާއާއި މުއިއްޒު ސްޕީޑް: ޔާމީނު އަރިހުން https://heerasnews.com/2302 https://heerasnews.com/2302 ސަމާސާ ވާހަކައެއް ނޫނެވެ. ސަމާސާ މިޒާޖުގައި ދެއްކެވިއެސް ކަމަކީ ސީރިއަސް ކަމެކެވެ. ރައީސް މުއިއްޒުގެ ގޮތެއް ފޮތެއް ނެތް ވާހަކަ އެދައްކަނީ އެމްޑީޕީ މީހުނެއް ނޫނެވެ. އެމީހެއް ހިޔަނީގައި މުއިއްޒު ވެރިކަމަށް ގެނެސްދިން މީހުނެވެ. 

ކިތަންމެ އަސަރެއް ކޮށްގެން ވެއްޓި ބޯޖެހުނު ނައިބު ވަޒީރުމެން އެކްސް ގައި ލިޔުނަސް ހަގީގަތަކީ ހަގީގަތެވެ. މެޑަމް ސާޖިދާ ނާޗަރަންގީ ކުޅެން ކަރޯކޭ ސިސްޓަމެއްގެ ސްޕީކަރ ޖޯޑަކަށް ދައުލަތުން ފަސްލައްކަ ޑޮލަރު ހަރަދު ކޮށްގެން އުޅެންޏާ އެވާހަކަ ދައްކާނެއެވެ.

ދިރުނބާ ކޮޅުއެއްގަމަށް އެހެލަން ކަދުގައި ހިއްޕާފައި ހުރި ނައިބު ވަޒީރޫއެވެ. "މިއީ ރައީސް ޔާމީން އާއި އެ ޕާޓީން ވެއްޓެން ކޮން ދަރަޖައެއްތޯ؟" އަހާނެ ކަމެއް ނެތެވެ. މުއިއްޒުގެ ލަދު ހަޔާތުގެ ކަންފުޅެއް ނެތީމަ މިހާ ގޮތްކުޑަކޮށް ވާހަކަ ދައްކާނެކަން އެގެންވާނެއެވެ. މެޑަމް ސާޖިދާ އާއި ގުޅުވާ ބޭ އަދަބީ ވާހަކަތައް ރަސްމީ ޖަލްސާއެއްގައި ނުދައްކާނީ ނުދެއްކޭ ވަރަށް އަބުރުވެރި ނަމަތާއެވެ. ރައީސް ޔާމީނު އަތްޖައްސަވައިގެން ފުއްދާލެއްވިކަން ނަސީބެވެ.

މުއިއްޒު ދައްކާނެ ވާހަކައާއި ނުދައްކާނެ ވާހަކަ ސާޖިދާއަށްވުރެ ބޮޑަށް ތިޔައެނގެނީ ޝިއުނާއަށެވެ. ޝިއުނާ ތިޔަ ބުނަނީ ކޮން ފިކުރެއްގެ ވާހަކައެއް ކަމެއް ނޭގެއެވެ. ހަމަ ޔަގީނުންވެސް މުއިއްޒަކީ ޔާމީނު ފިކުރުގެ މީހެއް ނޫނެވެ. އެ ފާޑަށް މުއިއްޒާ ސާޖިދާ ތެޅެބާލަނީ އެހެން ވީމައެވެ. އާނއެކެވެ. ހަމަ ގޮތްކުޑައީއެވެ.

]]>
Mon, 04 Mar 2024 17:05:33 +0500 ހީރަސްނިއުސް
ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް އޮތިއްޔާ އިންޑިއާ ސިފައިން ތިބޭނެ https://heerasnews.com/2301 https://heerasnews.com/2301 މުއިއްޒު ކަމަކީ އަދިވެސް އޮޅުވާލުމެވެ. ދޮގު ހެދުމެވެ. ހަދާހާ ދޮގަކަށް ހެއްލޭކަށް ދިވެހިންނަކީ ބުއްދިނެތް ބައެއް ނޫނެވެ. އޭދަފުށީގައި މީހުން އެއްކޮށްގެން 10 އެޕްރީލުގެ ފަހުން ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ބުނީމާ އެމީހުންވެސް އެ ވާހަކަ ގަބޫލެއް ނުކުރެއެވެ. އޭދަފުށީ މީހުންނަކީ މޮޔައިންނޭ މުއިއްޒަށް ހީވަނީ ހެއްޔެވެ. ހުސްގޮނޑިއަކާއި ޔާމީނުގެ ފޮޓޯ ވިއްކައިގެން ވެރިކަން ހޯދުނަސް ހަދާހާ ދޮގަކަށް އެންމެނެއް އަބަދަކު ނުހެއްލޭނެއެވެ. މުއިއްޒު ވިއްކި ދޮގުގަތް ގިނަ މީހުން މިއަދު އެތިބީ ހެދުނު މޮޔަ ހީވެ ފޫހިވެފައެވެ.

ބުނަން ހެއްޔެވެ. 10 އެޕްރީލްގެ ފަހުން ވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނެއެވެ. އެ މީހުން ބޭރެއް ނުކުރެވޭނެއެވެ. ސިވިލިއަނުންގެ ނަމުގައި ހެދުން ބަދަލުކޮށްގެންވެސް އައިސް ތިބޭނީ އިންޑިއާ ސިފައިންނެވެ. ރާއްޖޭން އިންޑިއާ ސިފައިން ބާލަންޏާ އެންމެ ފުރަތަމަ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވާލާށެވެ.  

އިމަރޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގައި ބޭނުންކުރާ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓަކީ އިންޑިއާގެ އަސްކަރިއްޔާގެ އުޅަދު ތަކެކެވެ. ރާއްޖޭއަށް އެތަކެތި ގެނެސްގެން ބޭނުންކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ވީ އެއްބަސް ވުމެއްގެ ދަށުންނެވެ. އެ އުޅަދު ފަހަރު މަރާމާތުކޮށް ބެލެހެއްޓުމާއި އޮޕަރޭޓް ކުރުމަކީ އިންޑިއާ އިންޑިއާއިން ކޮށްދޭން އެއްބަސް ވެގެން އެގޮތަށް ހިނގަމުން އައިކަމެކެވެ. 

އިންޑިއާގެ އަސްކަރީ އުޅަދު ތަކެއް ބަލަހައްޓަނީ އިންޑިއާ އަސްކަރިއްޔާއިންނެވެ. އަސްކަރީ ކަންކަމަކީ ސިވިލިއަނުން (އާއްމުން) ނަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެއިން ކޮންމެ ކަމަކާ އަސްކަރީ އެތައް ކަމެއް ލާމެހިފައި އޮވެއެވެ. އާންމުންގެ އަތް މައްޗަށް އަސްކަރީ އުޅަނދު ފަހަރު ދޫކޮށްލުމަކީ އެއްވެސް އަސްކަރިއްޔާ އަކުން ކުރާނެ ކަމެއް ނޫނެވެ. 

ރާއްޖޭގައި އޮޕަރޭޓްކުރާ އިންޑިއާގެ އަސްކަރީ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލަހައްޓާކަށް އިންޑިއާއިން އާއްމުންނެއް ނުފޮނުވާނެއެވެ. ދެ ގައުމުގެ ދިފާއީ  ސިއްރުތަކެއް އާއްމުންގެ އަތްމައްޗަކަށް ދޫކޮށެއް ނުލާނެއެވެ. ދޫކޮށް ލެވޭކަށް ނުވެސް އޮންނާނެއެވެ. ދިވެހި ސިފައިން ވެސް އެ ގޮތަކަށް ބޭނުމެއް ނުވާނެއެވެ. 

ކިތަންމެ އޮފުދާރު ކޮށްގެން ވާހަކަ ދެއްކިޔަސް ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ދުއްވާ ބެލެހެއްޓުމަކަށް އިންޑިއާއިން އާއްމުންނެއް ނުފޮނުވާނެއެވެ. ހެލްކޮޕްޓަރުތަކާއި ޑޯނިއާ ބޯޓު ބޭނުން ކޮށްގެން އިންޑިއާ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާއިން ހޯދާ އެއްކުރާން ބޭނުންވާ އެއްވެސް މައުލޫމާތެއް ސިވިލިއަނުން މެދުވެރިކޮށްގެން ހޯދާކަށް ދޫކޮށެއް ނުލާނެއެވެ. އަނެއްކާ ހަމަ އެކަނި ބަލި މީހުން އުފުލައިލާ ރެސްކިއު އޮޕަރޭޝަން ތަކަށް އަގު ބޮޑު އުޅަނދު ތަކެއް ދޫކޮށްލައިގެން ދުވަހުން ދުވަހަށް އިންޑިއާ އަސްކަރިއްޔާއިން ހަރަދު ކޮށްކޮށެއް ނުތިބޭނެއެވެ. 

ސިވިލިއނުންގެ ނަމުގައި ވިޔަސް ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް އޮޕަރޭޓް ކުރަން ތިބޭނީ އިންޑިއާ ސިފައިންނެވެ. ކޮންމެ ހެދުމެއްގައި ތިއްބަސް ސިފައިން ވާނީ ސިފައިންނަށެވެ. ރާއްޖޭގައި އެ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް އޮތްހާ ހިނދަކު މި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނެއެވެ. ނުބޭލޭނެއެވެ. ހިތްވަރެއް ހުރިއްޔާ  ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓް ރާއްޖޭން ފޮނުވާލާށެވެ. އޭރަކުން އިންޑިއާ ސިފައިންނެއް ނުތިބޭނެއެވެ. 

]]>
Mon, 04 Mar 2024 14:57:00 +0500 ހީރަސްނިއުސް
ރިޔާޒު ގާފުރޮޅިވަރަކަށް ފޮރުވުނީ އަފްރާޝީމް މަރުގެހަގީގަތް! https://heerasnews.com/2300 https://heerasnews.com/2300 ބަގާވާތަކުން ގާނޫނީ ސަރުކާރެއް ވައްޓާލުމުގައި ފެބްރުއަރީ 7ގައި އެންމެ އިސްކޮށް ހުރި އެކަކީ އަބްދުއްލާ ރިޔާޒު ނޫން ދެވަނަ ދެމީހެއް ނޫނެވެ. ފުލުހުން ހަމަ މަގުން ނައްޓުވާލާ ސިފައިންނާއި ފުލުހުންގެ ކުރިތިލުމަކަށް ދުއްވާލުމުގެ އިސްރޯލެއް ކުޅުނު އެކަކީވެސް ރިޔާޒެވެ. 

ފެބްރުއަރީ 7 ގެ ބަގާވާތް ކުރުމުގައި އަމަލީގޮތުން އުޅުނު އިސް މީހުންވެސް އެތިބީއެވެ. ކާނަލް ނާޒިމުގެ އޯޑަރަށް ސިފައިން ހިންގި ފެބްރުއަރީ 7ގެ ބަގާވާތުގައި ގްރައުންޑް ކޮމާންޑަރަކީ މިހާރުގެ ހޯމްލޭންޑް ސެކިއުރިޓީ ވަޒީރު އިހުސާނެވެ.

މާ ހަމަ ގަބޫލުކުރާ އިންސާފުވެރި މީހަކަށް ހެދިގަނެގެން އަބްދުއްލާ ރިޔާޒަކަސް އިހުސާނަކަސް އުޅޭނެ ކަމެއްނެތެވެ. ކިތަންމެ ވަރަކަށް މަތި އޮމާންކޮށް ހަގީގީ ސިފަ ފޮރުވަން އުޅުނަސް ބާގީއަކު ވާނީ ބޮޑު ބާގީއަކަށެވެ. ގާޒީއަކަށް ނުވެވޭނެއެވެ.

ރައްޔިތުން އިންތިހާބު ކޮށްފައިވާ ޑިމޮކްރެޓީކް ފުރަތަ ގާނޫނީ ވެރިކަން ވައްޓާލުމުގައި ކާނަލް ނާޒިމާއި އަބްދުއްލާ ރިޔާޒާއި އިހުސާނު އަމަލީ ގޮތުން ބޮޑު ދައުރެއް ކުޅުނު ނަމަވެސް އޭގެ ފަހަތުގައިވެސް ބަޔަކު ތިއްބެވެ. މުޅި ހަރަކާތުގެ މުގުލަކީ މައުމޫނެވެ. ބަގާވާތުގެ އިންޖިނޭރަކީ ޔާމީނެވެ. ހަރަދު ކުރީ ގާސިމެވެ. ދީނީ ކާޑު ކުޅެން އިސްކޮށް ހުރީ ޑރ. ޝަހީމެވެ.

ބަގާވާތުގެ އަހުލުވެރިންގެ ދަށުވެ ޑރ. މުއިއްޒަކީވެސް ހައިޖެކްވެފައި ހުރި މީހެކެވެ. މައުމޫނާއި ގާސިމާއި ކާނަލް ނާޒިމާއި އަބްދުއްލާ ރިޔާޒު ބޭނުންވާ ކަމެއް ނުކޮށްދީ ކުރެވޭނެ އެއްވެސް ކަމެއް މުއިއްޒަކަށް ނުއޮންނާނެއެވެ. ގާސިމާއި ނާޒިމާއި ރިޔާޒަށް ޖެހޭނީ ދާއިރާ ގޮނޑިތައް ވެސް ދޫކޮށްލާށެވެ.

އުމަރު ނަސީރާއި ޝެއިހު އިމްރާނާއި ޑރ. އަފްރާޝީމް ކަހަލަ މީހުންނަކީ ކުރިން ބުނި މީހުންގެ ބޭނުމަށް ގުރުބާން ކުރެވުނު ކަންބަޅި ތަކެއް ފަދަ ބައެކެވެ. ބަގާވާތުގައި ރައްޔިތުންގެ ކުރި މައްޗަށް ކަތިލަން ނެރުނީ އެމީހުންނެވެ. 

ގުރުބާން ކަންބަޅިތައް ގުރުބާން ކުރެވިގެން ދިޔަސް މައުމޫނާއި ގާސިމާއި ކާނަލް ނާޒިމާއި ރިޔާޒާއި އިހުސާނާއި އެންމެން މިއަދު ތިބީ ކޮންތާކުހެއްޔެވެ. މިއަދުވެސް އެ އެންމެން އެތިބީ އެއް އޮޑީގައި އެގޮތުގައެވެ. ކުރިބޯއްޓަށް މުއިއްޒުލައިގެން ދައުލަތުގައި ވަކި ހިއްޕާލައިގެން އެތިބީ އެމީހުންނެވެ. އޭގެ ތެރޭގައި އުމަރެއް އިމްރާނެއް އަފްރާޝީމެއް ނެތެވެ. އަފްރާޝީމް ދުނިޔޭގައިވެސް ނެތެވެ. އުމަރާއި އިމްރާނު އަދި އެބަތިއްބެވެ. 

މައުސޫމް ޑރ. އަފްރާޝީމް ހަމަ ރަނގަޅަށް ވެސް ގުރުބާން ކޮށްލެވުނީއެވެ. ރަހުމްކުޑަ އަނިޔާވެރި ގޮތަކަށް އެފަކީރުގެ ފުރާނަ އުދުއްސާލީއެވެ. އެކަން ކުރީ ކޮންމެ ބަޔަކު ކޮންމެ ނިޔަތެއްގައި ކަމުގައިވިޔަސް ޕޯސްޓުމޯޓަމް ހެދުމެއް ނެތި ވަޅުލާ ނިންމާލީ ލަހެއް ފަހެއް ނުވެއެވެ. ކަތިލެވިފައިވާ ހަށިގަނޑު ފެނުނު ސަރަހައްދު އެކީ އެކައްޗަކަށް ވަގުތުން ވަގުތައް ދޮވެ ސާފުކޮށް ފޮރިންސިކް ހެކި ނުހޯދޭވަރު ކޮށްލިއެވެ. އެ ގަތުލުގެ ސިއްރު ހޯދަން ޕޮލިސް ކޮމިޝަނަރު ކަމުގައި އޭރު ހުރި އަބްދުއްލާ ރިޔާޒް ނުފޮރުޅާ ގަލެއް ނެތެވެ. ގާފުރޮޅި ވަރަކަށް ފޮރުވުނީ އަފްރާޝީމް މަރުގެ ހަގީގަތެވެ.    

]]>
Mon, 04 Mar 2024 12:46:21 +0500 ހީރަސްނިއުސް
ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް https://heerasnews.com/2296 https://heerasnews.com/2296 ރާއްޖެއަށް މާލީ އެއްވެސް ދަތިކަމެއް ނެތެވެ. ބޯކޮށް ޑޮލަރު ވަދެއެވެ. ދައުލަތުގެ ހަޒާނާ ފުރިބާރުވެގެން ބަންޑުން ވަނީއެވެ. ދިވެހިންގެ ރާއްޖޭގައި ފިކުރެއް ހިޔާލެއްނެތެވެ. އެންމެން ތިބީ އުފަލުން ލަވަކިޔާލަ ކިޔާލައެވެ. ދިވެހިންގެ ރާއްޖޭގައި ފިކުރެއް ހިޔާލެއްނެތެވެ. 

އެހެން ނޫވާނީ ކީއްވެހެއްޔެވެ. ދިވެހީންގެ ރާއްޖެއަކީ ހަޔާތުގެ ފިކުރު ނެއްތަނެކެވެ. ބެންކޮކާއި ދުބާއީން އެންމެނަށް ޝަރުތެއް ނެތި ހިލޭ ބޭސް ކުރެވެއެވެ. ވައިގެ ތެރޭގައި އެއަރ އެންބިއުލާންސްތައް ކޮޅުކޮޅަށް ކުރުކާލި ކަނޑަނީއެވެ. އިންފްލޭޝަން ޒީރޯގައެވެ. ބޭނުން ވަރަކަށް ޑޮލަރު ލިބެއެވެ. ކަރަންޓާއި ފެނާ ލިބޭނީ ހިލެއެވެ. ބޯހިޔާވަހިކަމަށް ސަލާން ޖެހުން ހަތިމު ވެއްޖެއެވެ. 

ދައްކަންޖެހޭ އެތެރޭގެ ދަރަންޏެއް ބޭރުގެ ދަރަންޏެއް ނެތެވެ. ލާރި ނުލިބިގެން މަސްވެރިއަކު ކުކުރާވނުލައެވެ. ހުރިހާ ރަށެއްގައި ވެސް އެންމެ ފަހުގެ ސިއްހީ ހިދުމަތާއި ބޭސް ލިބުމަކަށް ކުޑަވެސް އުދަނގުލެއް ނެތެވެ. ޔުނިވަރސިޓީ ތައުލީމު އެކުއްޖަކު ހުރިތާކުން އެކުއްޖަކަށް ލިބެއެވެ. ޒުވާނުން ފަންނިއްޔާތުގެ ރޮނގުތަކުން ކުރިއަރާ ގޮސް ހޯދާ ނުފެނެއެވެ. ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެކެވެ. އަމިއްލަ ކަންތައް އަމިއްލައަށް ފުއްދައިގެން އުޅޭ ފޯރުންތެރި ރައްޔިތެކެވެ، 

ކުށުން ހުސްވެފައިވާ މުޖުތަމައެކެވެ. އިގްތިސޯދީ ސަރަހައްދާއި ބޯޑަރު ބެލެހެއްޓުމުގެ މޮޅު ކަމުން އެހެން ބަޔަކަށް ކުޑަ ބޭރުވެސް އަރާނުލެވެއެވެ. ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުނުވެ އުޅޭ އުފެއްދުންތެރި ކަމެވެ. އެއް ހިޔާލެއްގެ އެއް ވިސްނުމެއްގެ އެއްބައެއް ވަންތަ ގައުމިއްޔަތެއްގެ ވެރި ބައެކެވެ. 

ވަނީ އެހެންތާއެވެ. ދިވެހީންގެ ރައީސް އަނގައިން ނުކުރާ ކަމެއްނެތެވެ. ބަޖެޓްގައި ނެތިގެން ނުކުރެވެނީ ރަށްރަށުގައި ފަށާފައިވާ މަސައްކަތް ތަކެވެ. ބަޖެޓް ނެތަސް ކަނޑު އަޑީގާ އަންޑަވޯޓަރ ޓަނަލް އެޅެއެވެ. ނިމި ދޭން ނިންމާފައިވާ ގޯތިތަކާއި ފްލެޓްތައް ނުދެވުނަސް ފުށިދިއްގަރުފަޅު ހިއްކާ ސާޅީސް ފަންސާސް ގޯތި ދެވެއެވެ.. އާރުޓީއެލް ފެރީ ނިޒާމު ނުހިންގުނަސް އަރާ ކޮންމެ ރަށެއްގައި އެއަރޕޯޓް އަޅައެވެ. މިވަރުން ދަންޏާ ކޮންމެ ދެމަފިރި އަކަށް އެއަރޕޯޓެއް އަނގައިން އަޅާ ދޭނެއެވެ.

]]>
Sun, 03 Mar 2024 15:10:32 +0500 ހީރަސްނިއުސް
ދޮގު ދޮލަނގު ހުރީ މަތިން ވެއްޓުނު ކަމަނާގެ އޮޑިވަޅުގަ! https://heerasnews.com/2299 https://heerasnews.com/2299 ރޯ ބަރަހަނާ ހާލު ބެލްކަނިން ކާރެއް މައްޗަށް ވެއްޓި ބޯޖެހި ބޯ ގޮވާފައި ހުރިތީ ހަމްދަރުދީ ވަމެވެ. ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުންގެ ތެރޭގައި ކަލާނގެ ބަދަލު ކުރާހެން ރޫހާނީ ލީޑަރ ބަދަލުކުރިޔަސް ހަގީގަތަކީ ބަދަލުވާ އެއްޗެއް ނޫނެވެ. ކަޅުފޮތިން ނިވާކުރެވޭނީ ވަނާތަކެވެ. އޮރިޔާން ހާލެވެ. ކަމަކާ ޖެހެލާއިރަށް ހަސީލަތް ދެއިނގިލި ދޭތެރެއިން ފާޅުވާނެއެވެ. 

މީހެއްގައި ހުރި ހުސްތޯހިރުކަމަކާއި މައުސޫމު ކަމުން އެމީހާ ކުރިހާ ވައްކަން ހަލާލުވެ ކުރި ހުކުން ހަރާން ކޮށްގެން ބޮލަށް ފިތުނު ތާވަޅަ ހިކިފަސްތާ ތެޅިބޭލީމާ ފަތިފުލުން ދޮޅިކެނޑިގެން ވެއްޓޭނީ ބިމަށެވެ. ނުރުހޭހާ މީހުންގެ ކަރުބުރި ކުރަން ގޮވަމުން ދުވެވުނު ކަން ހަނދާނުގައި ނެތަސް ކެނބު ކެނޑިފާ ހުރި ޗާބީ ގަޑިއެއް ހަމަ ނުވާނެކަން އެހެން މީހުނަށް އެނގެއެވެ. ބާލަން އުޅުނު އެއްޗެއް ނުބޭލި ބޭލުނީ ފޮށާކަން ނޭނގުނަސް ހެޔޮތާއެވެ.

ހުސްގޮނޑިއަކާއި ފޮޓޯ ގަނޑެއް ހިފައިގެން ނިކުތް މީހާގެ ބާނދީއަކަށްވެ އެއްކަލަ މައުސޫމު ކުށެއްނެތް މިހާ ގުއިވީއެވެ. ބާނދީ ކަމަނާ ސާހިބުގެ ބުމަރަށްވެ މެންދުރު ބަތަށް ކިރުއަޅުވާ ވާހަކަ ތުންތުން މަތީން ކިޔާތީ އިވެއެވެ. އެއްކަލަ ހަރާން ހުކުމެކޭ ކުށެއްބުށެއް ނެތޭ ބުނި ސާހިބުންގެ ސާހިބާ މިނިވަން ނުވާކަން ހަނދާނުގައިވެސް ނެތުނީއެވެ. ވެއްޓި ބޯޖެހުނު ގޮތަކުން ހަދާނުގެ ބައި ފުހެވުނީވެސް ތޯއްޗެކެވެ.

ކުރިން ހަރާން ހުކުމުގައި ހުރި މައުސޫމު މީހާ ކުށެއް ނެތްކަމަށް ކޯޓަށް ސާބިތު ކޮށްދިނީމާ މިނިވަން ވާނެ ކަމަށް ބުނާނީ މެންދުރު ބަތަށް ހާދަހާވާ ކިރެއް އެޅިގެންތާއެވެ. އުޅެވުނު ގޮތާ ދައްކާ ވާހަކަ ދިމާ ނުވީމާ ލަދެއް ހަޔާތެއް ގަންނަން ނޭނގޭނީ ބަރަހަނާ ހާލު މަތިން ވެއްޓުނު ޓާމިނޭޓަރެއް ވީމާތާއެވެ.

ނުވަރު މަރުވަޅިއަކަށް އެރުމުން ފުންނާބުން ބަޑިތަޅައިގަތް ގަތީނުން ލަކުޑިދީބު ފުޅޮއިން ނެގި ރާޅުބާނީގައި ދިރުބާކޮޅު އެއްގަމަށް އެހެލަން ރާޅުފަށުގައި ކަނދުމައްޗަށް  އޮޑިހިއްޕީމާ ރާޅާތަޅާ ކޮޅުފަހުން މަޑޫހިލި މައިދާ ނެއްޓޭ އިރުވެސް އެނގެނީއެއް ނޫނެވެ. ފެންނެތްތާ ނަގޫ ފަތުން ބަޑިތެޅީމާ ހުޅުނބު ފޭބުން ނޫން ކަމެއް ވަނީއެއް ނޫނެވެ. 

އަބަދުވެސް ތެދަށް ވުރެ ބާރަށް ދޮގު ދައުރުވާނެ ކަން އެނގެނީ ބުހުތާން ދޮގު ވިއްކާ ބަޔަކަށެވެ. ދޮގުވިއްކުމުގައި ދޮންއަމާ ނޮޅާލި ސޮރަށް ވުރެވަކީން ފަރިތަ މީހަކު ނުހުންނާނެއެވެ. ރަން ކޮޅުންނޭވެ. ހަގީގީ ދޮގު ދޮލަނގު ހުރީ ބަރަހަނާ ހާލު ކާރެއް މައްޗަށް މަތިން ވެއްޓުނު ބާނދީ ކަމަނާގެ އޮޑިވަޅުގައެވެ. ކުނިވެ ފުޅަ އަޅާފައެވެ. 

]]>
Sat, 02 Mar 2024 22:36:29 +0500 Chief Editor
ހިތާދޫ ދާއިރާއަށް އާޔަތު: ކެންޕޭނުގައި ރައީސް ސޯލިހު https://heerasnews.com/2298 https://heerasnews.com/2298 މރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން އުޅުއްވަނީ ބ. އަތޮޅުގައެވެ.

ބ. އަތޮޅުން ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގަތީ ބ. ދަރަވަންދޫ އަށެވެ. ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ އެމްޑީޕީގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރ އަދި ކެންދޫ ދާއިރާގެ ރައީސް އަހުމަދު ލަތީފް ބައިވެރިވެ ވަޑައި ގަންނަވައެވެ.

ދަރަވަދޫ އެއަރޕޯޓުން ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވީ މަޖިލީހުގެ ހިތާދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އާޔަތުއްލާ ހުސައިނާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޕޮލިސީ ސެކެރެޓަރީ އަހުމަދު ހަމްދާން އާއި ހިތަދޫ ދާއިރާގެ އެމްޑީޕީ ކެންޕޭން ޓީމެވެ. ރައީސް ސޯލިހުގެ މިދަތުރުފުޅުގައި ދަރަވަންދޫގައި ދޮރުން ދޮރަށް ހިންގެވުން އޮތެވެ. 

 ރައީސް ސޯލިހު ދަރަވަންދޫގައި ދޮރުން ދޮރަށް ވަޑައިގަތުމުގެ ތެރެއިން މީހުންނާ ބައްދަލު ކުރައްވަނީ އިހުތިރާމާއެކުގައެވެ.

ދަރަވަންދޫގައި ތަފާތު އެތައްބަޔަކާ އެމަނިކުފާނު ބައްދަލު ކުރައްވާ ވަނީ ތާއީދު ހޯއްދަވާފައެވެ. ހިތާދޫ ދާއިރާގައި ޕީއެންސީގެ ހަގީގީ ކެންޑިޑޭޓަކީ ކާކުކަން އޮޅި ސަޕޯޓަރުން ބައިބައިވެފައިވާ މިދަނޑިވަޅުގައި ހިތާދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓާ މެދު އެއްވެސް އޮޅުމެއް ނެތެވެ. 

ރައީސް ސޯލިހުގެ ބ.އަތޮޅު ދަތުރުފުޅުގައި ކެންދޫ ދާއިރާއާއި ތުޅާދޫ ދާއިރާ ވެސް ހިމެނެއެވެ. 

]]>
Sat, 02 Mar 2024 18:43:39 +0500 ހީރަސްނިއުސް
އަޒުލު ކުރުމަށް ހުރި ހުރަސްތައް މުއިއްޒު ފިލުވާދެނީ https://heerasnews.com/2294 https://heerasnews.com/2294 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމުގެ ބަދަލުގައި ގައިރު ގާނޫނީ ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ލަފާ ހޯއްދައިގެން އެލަފަޔަކަށް އަމަލު ކުރުމަކީވެސް ގައިރު ގާނޫނީ ކަމެކެވެ. ފުރަތަމަ ބަލަންވީ ދައުލަތުގެ ނަމުގައި ގާނޫނީ ލަފާދޭ މީހާއަކީ އެ މަގާމުގެ މަސައްކަތް ކުރަން ގާނޫނީ ގޮތުން ސައްހަ މީހެއްތޯއެވެ.

އެހެން ނޫނަސް 80 މެމްބަރުންނަކީ މަޖިލީހުގެ ޖުމްލަ މެންބަރުން ކަމަށް ބަލައިގެން މަޖިލީހުން ނިންމި އެއްވެސް ނިންމުމަކީ ގާނޫނޫ އަސާސީއާ ހިލާފު ނިންމުމެއް ކަމަކަށް ސްޕްރީމް ކޯޓަކުން ނުނިންމައެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 89 މެންބަރުންގެ އަދަދު 80 ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅީ އެ މަޖިލީހަށް މުތުލަގަށް ލިބިދީފައިވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަކީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން ނުޖެހޭ ހަމައެކަނި ގާނޫނެވެ. ސްޕްރީމް ކޯޓަކަށްވެސް ރައީސުލްޖުމްހޫރިއްޔާއަށްވެސް މަޖިލީހުން ކަންކުރާން ޖެހޭ ގޮތެއް ކަނޑައެއް ނޭޅޭނެއެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރުވެސް ލިބިގެންވަނީ މަޖިލީހަށެވެ. މަޖިލީސް ހިންގާނެ ގޮތް ކަނޑައަޅާނީ މަޖިލީހުންނެވެ. ސްޕްރީމް ކޯޓަކުން ނޫނެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ގާނޫނު އަސާސީއާ ދެކޮޅަށް ވާހަކަ ދެއްކުމާއި ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބާރު ގާނޫނު އަސާސީން ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. 

އަމްދުން ސްޕްރީމް ކޯޓުގެ ހުކުމެއްނެތި މަޖިލީހުން ނިންމާފައިވާ އެއްވެސް ނިންމުމަކީ ގާނޫނޫ އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައެޅޭނޭ ގާނޫނީ ހަމައެއް ނެތެވެ. ކަމެއް ގާނޫނަކުން ނުވަތަ ކޯޓު ހުކުމަކުން މަނާ ކުރުމުގެ ކުރިން ކުރެވޭ އެއްވެސް ކަމެއްގެ މައްޗަށް ފަހުން ހަދާ ގާނޫނެއްވެސް ކުރާ ހުކުމެއް ވެސް ހިނގުމަކީ ގާނޫނީ ހަމައެއް ނޫނެވެ. އެހެން އެކަން ވެއްޖެނަމަ ކުރިން ކުރެވިފައި ހުންނަ ކަންކަން މަންސޫހުވެ އިޔާދަ ނުކުރެވޭ ބޮޑު ހުސްކަމަކަށް ގައުމު ވެއްޓިގެން ދާނެއެވެ.

80 މެމްބަރުން ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނެކަމަށް ކަނޑައަޅަން މުއިއްޒަކަށް އެއްވެސް ހައިސިއްޔަތެއް ނެތެވެ. އެހެން އެކަން އޮތްނަމަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމި ހުރިހާ ނިންމުމަކީ ބާތިލު ކަންކަމާއި ތަކެއްޗެވެ. އަނެއްކޮޅުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ބެއްޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރިީ 47 މެންބަރުންގެ ވޯޓުން ކަމުން އެބިލް ތަސްދީގު ނުކޮށް ހިފެހެއްޓުމުގެ ބާރެއް ރައީސަކަށް ނުއޮންނނާނެއެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ބެލީމާ މަޖިލީހުގެ އަގުލަބިއްޔަތަކީ 44 ކަމަށް ވެފައި އެ ބިލު ފާސްކުރީ 47 މެންބަރުންގެ ވޯޓުން ކަމުން އެކަން ގައިރު ގާނޫނީ ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. 

ރާއްޖޭގެ ކުރީގެ ޕްރިސިކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ މާހިރު އަލްއުސްތާޒު އަހުމަދު މުއިއްޒު ވެސް ވިދާޅުވަނީ " ބިލު ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އުސޫލުން މެންބަރުންގެ އަދަދު ގުނުމުން ފާސްކުރުމަށް ބޭނުންވާ އަދަދަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން. މި ބިލް ތަސްދީގު ކުރެއްވުމަކީ ރައީސަށް ލާޒިމުކަމެއް." ކަމަށެވެ. 

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކޮށް، ގެޒެޓުގައި ޝާއިއު ކުރަން ރައީސަށް މަޖުބޫރެވެ. ގާނޫނު އަސާސީއާއި ހިލާފުވުމުގެ އާދަ ކަށީގައި ހިފާފައި ހުރި ރައީސް އަޒުލު ކުރުމުގެ ޖާގަ ރީތިކޮށް މުއިއްޒު އެދަނީ ހަދާދެމުންނެވެ. އަޒުލު ކުރުމުގައި ދިމާވެދާނެ ހުރިހާ ގޮންޖެހުމެއް ގާނޫނީ ގޮތުން ކުރިޔާލާ އެދަނީ ސާފުވެ އަޒުލަށް މަގު ކޮށެމުންނެވެ. 

]]>
Thu, 29 Feb 2024 15:26:24 +0500 ހީރަސްނިއުސް
ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކެން : އަދުރޭ https://heerasnews.com/2293 https://heerasnews.com/2293 ބަޖެޓްގައި ނުޖަހާ ކަންކަން ކުރުމަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސަތެއް ނޫން ކަމަށް ނޫސްވެރިންގާތު ޕީއެންސީގެ ޗެއަރޕަންސަން ކަމާއި ރައީސް މުއިއްޒުގެ ސީނިއަރ މިނިސްޓަރު (އިސްވަޒީރު)ކަން ކުރާ އަބްދުއްރަހީމް އަބްދުއްލާ އަނގަފުރާފައި ބުނެފައި އެބައޮތެވެ. 5 އަހަރު ތެރޭގައި ބަޖެޓްގައި ނެތް މަޝްރޫއަކަށް ހަރަދު ނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. އެންމެ ކުޑަމިނުން މަޝްރޫއުގެ ފައިސާގެ ދެބައިކުޅަ އެއްބައި ބަޖެޓްގައި ނެތްނަމަ މަޝްރޫއު ބަޔަކާއި ހަވާލު ނުކުރާނެ ކަމަށް ވެސް އަބްދުއްރަޙީމް ބުންޏެވެ. 

ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކޭ ކަމަށްވެސް އަދުރޭ ބުނެފައި އެބައޮތެވެ. "މި ސަރުކާރުން މިކުރާ ކަމަކީ، ރައްޔިތުންގެ ތާއީދެއް ނެތްކަން އެބަ އިނގޭ، ދެން މިޖެހެނީ ނުފޫޒު ފޯރުވަން، ދެން މިހަދާގޮތަކީ، މިކަހަލަ ތާކުންތާކު ނުޖެހޭ ބޮޑެތި ވަޢުދުތައް ވަނީ" ކަމަށް އަދުރޭ ބުނެފައިވެއެވެ. އާނއެކެވެ. ދޮގުވައުދު ވުމުގައި މިހާވަރުގެ ސަރުކާރެއް ހަމަ ނުއޮންނާނެއެވެ.

ކުރިއަށް އޮތް އިންތިހާބަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަމަށާއި އެކަމުގެ ފޯރި ދަނީ ބޮޑުވަމުން ކަަމަށް ނިއްކުރިއަށް ރުލެއް އަރުވާނުލާ އަދުރޭ ބުނެފައި އެބައޮތެވެ. މިމޭރުމުން އަދުރޭ ވާހަކަ ދެއްކީ ހުސްވި އަހަރު ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގެ ފަހުން 4 މަސް ނުވެ އަދުރޭ ދެއްކި ހުރިހާ ވާހަކައެއް އަދުރޭގެ އަނގަޔަށް ވަދެ ހުސްވެއްޖެއެވެ. އެ ދުވަހު އަދުރޭ ދެއްކި ހުރިހާ ވާހަކައެއް އަދުރޭ އިސް ވަޒީރުކަން ކުރާ ހޮޅި ސަރުކާރުގެ ތެރެއިން އަކުރުން އަކުރަށް ފެންނަމުން އެބަދެއެވެ. އާނއެކެވެ. މިވަރުގެ ހޮޅި ސަރުކާރެއް ނުލިބޭނެއެވެ.

2024 ވަނަ އަހަރުގެ ބަޖެޓުން އުނިކޮށްފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހިންގަން ފެށީއެވެ. 99 އަހަރަށް ރާއްޖޭގެ ބިމުން ބައެއް އަޑިނޭނގޭ އެއްބަސްވުމެއްގެ ތެރެއިން ގޮތް ނޭނގޭ ބޭރު ބަޔަކަށް ދީގެންނެވެ. ރަށްރަށުގައި ހިންގުމަށް ބަޖެޓް ދީފައި ހުރި އަސާސީ ހިދުމަތް ދިނުމުގެ މަޝްރޫއުތައް ލަސްކޮށް ފަސްކޮށް ހުއްޓީއެވެ. އާނއެކެވެ. ބަޖެޓުގެ ބޭރުން ދައުލަތް ދަވާލަން މިހާވަރުގެ ސަރުކާރެއް މަދުވާނެއެވެ.

ހޮޅި ވައުދުން ވައުދުވަމުން ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް އަޅާ ވާދޫ ކަނޑުގައި ޓަނަލްއަޅާ ދެގެދޭތެރޭ ބުރިޖުއަޅާ ދަރިން ނުލިބޭ މީހުން ބަލިވެ ބައިންދަމުން މި ސަރުކާރުން އެތިބަ ދަނީއެވެ. ހަނދުގައި ގެއަޅާދީ އެތަނަށް ބަދަލުވާން މީހަކު ނޭދޭކަން ގައިނަސީބެވެ. ބަޔަކު އެދެފިތަ އެކަންވެސް ކުރާނެއެވެ. އެކަމަކު އިންތިހާބަކަށް ނުފޫޒެއް ނުފޯރައެވެ. އާނއެކެވެ. ނުފޫޒު ފޯރުވުމުގައި މިހާވަރުގެ ސަރުކާރެއް ދުނިޔޭގެ ތާކު ނުތިބޭނެއެވެ.

ރެއަކަށް އިރު އޮއްސުނު އިރު މަޖިލީހުގައި ތިބީ އަދުރޭމެންގެ ސަރުކާރަށް ނިސްބަތްވާ ހައެއްކަ މެންބަރުންނެވެ. އަނެއް ދުވަހަށް އިރު އެރިއިރު އޭގެތެރެއަށް 13 މެންބަރުން އިތުރުވީ މުއުޖިޒާތެއް ފަދަ އަޖައިބެއް ފަދައިންނެވެ. މަޖިލީހުގެ ވަކި ދާއިރާ ތަކެއްގެ ގޮނޑި، އަންނަ އިންތިހާބުގައި ސަރުކާރަށް ކަށަވަރު ކުރުމަށް އެ ގޮނޑިތައް ހިމެނޭ ދާއިރާތަކުން ވާދަކޮށްފާނެހެން ހީވާހާ މީހަކަށާއި ނުފޫޒެއް އޮތްހެން ހީވާ މީހަކަށް ސިޔާސީ މަގާމުތައް އޮހިގަތީ ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެނެވެ. އާނއެކެވެ. ރިޝްވަތު ދިނުމުގައި މިހާވަރުގެ ސަރުކާރެއް ނުދެކޭނެއެވެ

ދިވެހި ދައުލަތަށް އެންމެ އިސްވެރިއަކު ލިބުނީ އަދިކިރިޔާއެވެ. ހުސްވި ނޮވެންބަރ 17ގެ ކުރިން މި ރާއްޖޭގައި ދައުލަތުގެ އެންމެ އިސްވެރިޔަކު ދިވެހިން ނުދެކޭ ކަހަލައެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އަދުރޭ ހުރެގެން ދައުލަތުގެ އިސްވެރިޔާގެ ހަތަރެސްފައި ބަނުމަށް ނެގިނެގިފައި ޖެހުނު ގޮތް ފެންނަން އެބަހުއްޓެވެ. އެދުވަހު ހުރިހާ ބާރެއް އޮންނަންޖެހޭ ކަމަށް އަދުރޭ ވަކާލާތުކުރީ ރައްޔިތުންގެ މަޖިލީހަށެވެ. ދައުލަތުގެ އިސްވެރިޔާގެ ހަތަރެސްފައި މަޖިލީހުން ބަނުން އަދުރޭއަށް އޯކޭއެވެ. އަނެއް ކޮޅުން މަޖިލީހުން ފާސްކުރި ގާނޫނެއް ރައީސް ތަންފީޒު ނުކޮށްގެން ފަނޑިޔާރުގެއަށް ގޮސް ވެއްޓި ފުރޮޅުނީވެސް އަދުރޭއެވެ. ހަމަޖެހޭ އުސޫލާއި ހަމަ ނުޖެހޭ އުސޫލު އަދުރޭއަށް މާބޮޑަށް އެނގެނީއެވެ. އާންއެކެވެ. އަތްފައި ބަނުމުގައި މިހާވަރުގެ ސަރުކާރެއް ނުފެންނާނެއެވެ

މުއިއްޒަށް ތާއީދުކުރާ މަޖިލީހެއް ހޯދުމަށް އަދުރޭމެން ގައިވީދޭ ބޭނުން މީހުނަށް އޮޅިގެނެއް ނޫޅެއެވެ. މުއިއްޒު ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމަކީ މި ބައިގަނޑުގެ ނިޔަތެވެ. "ގާނޫނު އަސާސީ ބަދަލު ކުރެވެން އޮތީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން" ކަމަށް އަދުރޭ ބުނީ ގައުމުގެ މިނިވަން ކަމާއި އަމާން ކަމަށްޓަކައެއް ނޫނެވެ. ގޮށްމުށުގެ ހުދުމުހުތާރު ވެރިކަމެއް ކުރުމަކީ އެމީހުންގެ މަގްސަދެވެ. ދުސްތޫރީ ނިޒާމު އޮޅާލުމެވެ. ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ. އާނއެކެވެ. ގާނޫނު އަސާސީއާއި ހިލާފުވުމުގައި މިހާވަރުގެ ސަރުކާރެއް ނަންނާނެއެވެ.

]]>
Thu, 29 Feb 2024 13:56:48 +0500 ހީރަސްނިއުސް
ރޯދަމަހު އާއްމު އިންތިހާބު ބޭއްވުން މަނާ! https://heerasnews.com/2290 https://heerasnews.com/2290 ރޯދަމަހު އެއްވެސް އާއްމު އިންތިހާބެއް ބޭއްވުން މަނާކުރާ ގާނޫނު ފާސް ކޮށްފިއެވެ. މީގެ ފަހުން ރާއްޖޭގައި ބޭއްވޭ އެއްވެސް އާންމު އިންތިހާބެއް ރޯދަމަހުގެ ތެރޭގައި ނުބޭއްވޭނެއެވެ. 

ރޯދަމަހު އިންތިހާބު ބޭއްވުން މަނާކުރާ ގާނޫނެއް ފާސްކުރަން ޖެހުނީ ރޯދަމަހު އިންތިހާބު ބޭއްވުމުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ވޯޓު ދިނުމުގެ ހައްގުން ގިނަ ބަޔަކު މަހުރޫމް ވުމުގެ ފުރުސަތު އޮތުމުންނެވެ. ރޯދަމަހަކީ ގިނަ ބަޔަކު ގިނަ ވަގުތު ރޭއަޅުކަން ކުރުމާއި އެހެނިހެން އަޅުކަމުގައި ހޭދަކުރާ މަހަކަށް ވުމުން ވޯޓް ލުމަށް ނިކުމެ ކިޔުގައި ވަގުތު ހޭދަކުރުމަކީ ރައްޔިތުނަށް ޖެއްސޭ ބޮޑުތަކުލީފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ދެކެއެވެ. 

ރޯދަމަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ނިކުންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް އިލެކްޝަންސް ކަމިޝަނުން ވެސް ގަބޫލު ކުރެއެވެ. އަނެއް ކޮޅުން ރޯދަ ވީއްލުމަށް ވޯޓު ފޮށި ބަންދުކޮށް ވޯޓު ފޮށި ބަންދު ކުރާތާ ދެގަޑިއިރު ފަހުން ވޯޓު ގުނާ ގޮތަށް ހަމަޖެހުމަކީ ވޯޓުގެ ނަތީޖާގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

އައު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ހުރިހާ އިންތިހާބެއްގައިވެސް ވޯޓް ލާން ފެށުމަށް ފަހު ވޯޓް ފޮށި ބަންދު ކުރަނީ ވޯޓުލާ ނިމުމުންނެވެ. ވޯޓު ފޮށި ބަންދު ކުރުމަށް ފަހު ވޯޓުލާ ފޮށި ދޮށުން މޮނިޓަރުންނާއި އޮބްޒަރވަރުންނާއި ވޯޓުފޮށީގެ މަސައްކަތުގައި އުޅޭ އޮފިޝަލުން ވޯޓުފޮށި ދޫކޮށް ދަނީ ވޯޓު ގުނާ ނަތީޖާ އިއުލާން ކޮށް ނިމުމުންނެވެ. ރޯދަ ވީއްލުމުގެ ކުރިން ވޯޓް ލުން ނިންމާލާ ފޮށި ބަންދުކޮށް މާފަހުން ފޮށި ކަނޑާ ނަތީޖާ އިއުލާން ކުރަން މަޖުބޫރުވާ ގޮތަކަށް އެއްވެސް އިންތިހާބެއްގެ ކަންކަން ތަރުތީބުވުމަކީ ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތް ކަމެކެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އާއްމު އިންތިހާބު ރޯދަ މަހު ބޭއްވުމަށް ތާވަލު ކުރުމުން އެކަން ހުއްޓުވުމަށްޓަކާ ރޯދަމަހު އިންތިހާބު ބޭއްވުން މަނާ ކުރާ މާއްދާތަކެއް އިތުރުކޮށް އިންތިހާބާ ބެހޭ ގާނޫނު އިސްލާހުކޮށް ތަސްދީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވުމުން ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމުން އެއ އިސްލާހު އޮތްގޮތަށް މަޖިލީހުން ފާސްކޮށް ގާނޫނަކަށް މިއަދު ވަނީ ހަދާފައެވެ. 

އެގޮތަށް އެ އިސްލާހު ފާސްވެ ގާނޫނަކަށް ވުމުން ރާއްޖޭގައި އެއްވެސް އާންމު އިންތިހާބެއް ދެން ބޭއްވޭނީ ރޯދަމަސް ނިންމާ ދިހަދުވަސް ފަހުންނެވެ. އެހެން ކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް އިލެކްޝަނުން ރޯދަމަހު ބޭއްވުމަށް މިހާރު ތާވަލް ކޮށްފައިވާ އިންތިހާބު 17 މާރޗް 2024 ގައި ނުބޭއްވޭނެއެވެ. އެ އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭހާ މޫސުން ނެތުމުން ދެން އެ އިންތިހާބު ބޭއްވޭނީ ރޯދަމަސް ނިންމާ ދިހަ ދުވަސް ފަހުންނެވެ.  

]]>
Wed, 28 Feb 2024 16:09:23 +0500 ހީރަސްނިއުސް
ބޯހަރު ސަރުކާރުގެ މިސްރާބު ހަމަމަގަށް އަޅުވަން ޖެހޭ! https://heerasnews.com/2289 https://heerasnews.com/2289 ތެދުފުޅެކެވެ. މިއަދަކު ބަލަން ތިބެވޭކަށް ނެތެވެ. ސަރުކާރު ހަމަ މަގުން ނެއްޓެއްޖިއެވެ. ހަމަ މަގަށް ނާޅުވައިފިއްޔާ މާދަމާވެސް ހަދާނީ ދޮގެވެ. މަސްވެރިންނަށް ދޮގު ހަދައިފިއެވެ. ގޯއްޗާއި ފުލެޓް ލިބުނު މީހުންނަށް އޮޅުވާލައިފިއެވެ. ދާހިލީ ގުޅުންތައް ކެނޑި ބާކީވެއްޖެއެވެ. ރައީސް ސޯލިހު އިއްޔެރޭ އެ ވިދާޅުވީ ވަރަށް ބޮޑު ތެދު ވާހަކަފުޅުތަކެކެވެ.

ގޯއްޗާއި ފުލެޓް ލިބުނު ފަރާތްތަކަށް އޮޅުވާލާ ދޮގު ހެދި މައްސަލައިގައި އެކަނިވެސް، މި ބޯހަރު ސަރުކާރު ހަމަމަގަށް ގެންނަން ޖެހެއެވެ. ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކާ އެމްޑީޕީއަށް މަޖިލިސް އިންތިހާބު ވަރަށް މުހިންމެވެ. އެމްޑީޕީގެ ލީޑަރޝިޕް އޮތީ އެއް ވިސްނުމެއްގައި އެއް އަޒުމެއްގައި އިންތިހާބު ކާމިޔާބު ކުރުމަށެވެ. ޕްރައިމަރީގައި ނާކާމިޔާބުވި ފަރާތްތައްވެސް ނުކުމެ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރައްވަން ރައީސް ސޯލިހު އެދިވަޑައިގަނެއެވެ. އެމްޑީޕީއާއި ދުރަށް ޖެހިވަޑައިގެންނެވި ބޭފުޅުންވެސް އެމްޑީޕީގެ މެންބަރުންނަށް ތާއިދުކުރައްވާ އެމްޑީޕީގެ މެންބަރު ހޮވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަނެއެވެ. 

ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި ދިވެހި ރާއްޖެ ގައުމެއް ގޮތުގައި ހިނގަ ހިނގާ އޮންނަތާ 2000 އަހަރު ވެއްޖެއެވެ. ގައުމުގައި މިނިވަންކަން އަބަދުވެސް އޮންނަންޖެހެއެވެ. މީގެ ކުރިންވެސް މިނިވަންކަން އޮތެވެ. ގައުމިއްޔަތު ވެސް އޮތެވެ. ނަމަވެސް ބަޔަކަށް މިއަދު ހީވަނީ މިއީ އައު ގައުމެއް ކަމަށެވެ. ހުރިހާ ވެސް މައްސަލައަކީ މި ސަރުކާރުގެ ބޯހަރު ކަމެވެ.

ހިނގަހިނގާ އޮންނަ ގައުމެއްގެ ކަންކަން ނަގުލުވުމާއި އިޔާދަވުމާއި އައުކަންކަން ތައާރަފްވުމަކީ ދުނިޔޭގެ ސުންނަތެވެ. އެކި ދުވަހު ތަޖުރިބާ ކުރަންޖެހޭނީ އެކިކުލައެވެ. އެކިރަހައެވެ. އުފަލާއި ހިތާމައެވެ. ދައްޗާއި ފަސޭހައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ މިދިޔަ 5 އަހަރު ދަތި އުނދަގޫ ކަންކަމާއި ދިމާވިއެވެ. ކޮވިޑްގެ ތެރޭގައި ރިޒާވުގައި ފައިސާއެއް ނެތެވެ. ނަމަވެސް ރައްޔިތުން ބަނޑަށް ނުޖައްސާ ހުރިހާކަމެއް ކުރިއެވެ. ދޭދޭ ގައުމުތަކާއި އޮތް ގުޅުމުގެ ސަބަބުން ލޯންތައް ފަސްކުރެވުނެވެ. އޭގެ ކުރީ ސަރުކާރުން ވާރުތަވީ ދަރަނިތައް ދެއްކިއެވެ.

ކޮވިޑްގައި ވިޔަފާރިތައް ބަނގުރޫޓް ނުވާނެގޮތަށް އެހީދިނެވެ. ފަތުރުވެރިކަމުގެ ދާއިރާ ބަނގުރޫޓް ނުވެ ހިފެހެއްޓުނެވެ. ކުދި ވިޔަފާރި ކޮޅަށް ޖެހިއެވެ. ނަމަވެސް މިއަދު ފެންނަނީ މެނޭޖް ކުރަން ނޭނގގިގެން އުޅޭތަނެވެ. ރައީސް ސޯލިހު ސަރުކާރުގެ އަމާޒަކަށްވީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމެވެ. ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތް ކުރުމެވެ.

ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި މިއީ މިފްކޯ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށްލަންޖެހޭ ވަގުތެއް ނޫނެވެ. މިއަދު މިފްކޯއިން ފައިސާ ހޯދަން އެދިގެން އެއްވެސް ބޭންކަކުން ފައިސާއެއް ނުދޭނެއެވެ. އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރުމަކީ ގޯހެއް ކަމަށް އައިއެމްއެފްއާއި ވޯލްޑް ބޭންކުން ދަނީ ބުނަމުންނެވެ. އެކަމަކު މި ސަރުކާރުގެ ބޯހަރު ގޮތް ދޫނުކޮށް މިފްކޯ އެވަނީ އެސްޓީއޯއާއި ވަކިކޮށްފައެވެ 

ރައީސް ސޯލިހު ވިދާޅުވަނީ ފްރީ ޓްރޭޑް އެގްރީމެންޓަކުން ކުރާނެ ފައިދާއެއް އަދި ނެތް ކަމަށެވެ. މަސްވެރިންނަށް ފައިދާ ވާނީ މަސް ގަންނަ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ މީހުންނާ އެއްބަސްވުމަކަށް އައިސް ގެންނެވެ. މަސް ގަންނަ ފަރާތްތަކާ އެ ވާހަކަ ދެއްކުނު ނަމަ 25 ރުފިޔާއަށް ކިލޯއެއް ގަނެ ޑޮލަރުވެސް ދެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބު ނިމުމަށްފަހުގައި އެމްޑީޕީން އެހެންކަހަލަ ތަޖުރިބާތަކެއް ކޮށްފިކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުން ތަކެއް ޕީޓީ ދޫކޮށް ދިއުމުން މާޔޫސްކަމެއް ލިބުނު ނަމަވެސް އެޕާޓީން ބުރަ މަސައްކަތްތަކެއް ކުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. 

]]>
Wed, 28 Feb 2024 12:11:48 +0500 ހީރަސްނިއުސް
މުއިއްޒު ސްޕީޑްގައި ކުރިކަމެއް ޝިޔާމަށް ބުނެއެއް ނުދެވުނު! https://heerasnews.com/2285 https://heerasnews.com/2285 ރާއްޖޭގައި މީގެކުރިން އެހެން ވެރިޔަކު ނުގެންގުޅުއްވާ ވަރުގެ މާބާރު ސްޕީޑެއް ރައީސް މުއިއްޒު ގެންގުޅުއްވާ ވާހަކައެއް މިހާރަކަށް އައިސް އެބަ ދައްކައެވެ. މުއިއްޒު ސްޕީޑްގައި މާގިނަ ކަންތައްތަކެއް މުއިއްޒު ސަރުކާރުން ކުރެވޭތީ އެބަ އުޅެއެވެ. މުއިއްޒު ސްޕީޑްގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ރައީސް އޮފީހުގެ މިނިސްޓަރ ހޯރަފުށީ ހަލީލްއެވެ. މުއިއްޒު ވެރިކަމުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. އޭރުއްސުރެ އެބުނާ މުއިއްޒު ސްޕީޑްގައި ހިނގަނީ ކޮންކަމެއްތޯ ބެލުމުގެ ޝައުގު ވަރަށް ބޮޑުވުއެވެ. 

ފަހަކަށް އައިސް ސޯސަލް  މީޑިއާގައި މާގިނައެއްކޮށް މައިއްޒު ސްޕީޑްގައި ކަންތައް ތަކެއް ކުރާ ވާހަކަ ދައްކާފައި އޮންނަ ތަން ފެނެއެވެ. ސޯސަލް މީޑިއާގައި މި ވާހަކައެއް ދައްކަނީ މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމުތައް ދީފައި ތިބޭ މީހުންކަން ފާހަގަ ކުރެވެއެވެ. ވެރިމީހާއަށް ހުޝާމަދުނުކޮށް މަގާމުގަ ދެމިނުތިބެވޭނެތީ ކޮންމެހެން ބަޔަކަށް ދައްކަން ޖެހިގެން އެވެރިން ދައްކާ ވާހަކައެއް ކަމަށް ބަލައިގެން އެކަމަކާ ނުވަމެވެ. އެކަން ކޮށްގެންވެސް ބަޔަކަށް މުސާރައެއް ލިބެންޏާ ރަނގަޅުތާއެވެ.

ދައުލަތުގެ ހަރަދުގައި މިހާރު މުއިއްޒު މިހާރު ކުރަމުންދާ ޕީއެންސީ ކެންޕޭނު ދަތުރާއެކު މުއިއްޒު ސްޕީޑްގެ އަޑު އަނެއްކާވެސް ގަދަވެއްޖެއެވެ. މިވަނީ ކިހިނެތްތޯ ބަލައިލަން  ހދ. ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލު ކުރުމަށް ރައީސް ބޭއްވި ޖަލްސާގައި މަޑުކޮށްލީމެވެ. އަހާނ ސަހަރޯއެވެ. 

މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެއްކަލަ މުއިއްޒު ސްޕީޑްގެ ވާހަކަ ދައްކަން ފަށައިފިއެވެ. ރާއްޖޭގައި މީގެ ކުރިން އެހެން އެއްވެސް ވެރިޔަކު ނުގެންގުޅުއްވާ މާބާރު ސްޕީޑެއް ރައީސް މުއިއްޒު ގެންގުޅުއްވާ ކަމަށް ބުނެ ނޮޅިވަރަންފަރު ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން އުޅެނީ ރައްޔިތުންގެ މަޖިލީހަށް މުއިއްޒުގެ އައުވާނުން ހޮވުމަށެވެ. 

ޝިޔާމް ދޮޅިކެނޑެންދެން ހުއްޓާނުލާ ކޯތެޅުވި އިރުވެސް މުއިއްޒު ސްޕީޑްގައި ކުރެވުނު ކަމެއް ޝިޔާމަކަށް ބުނެއެއް ނުދެވުނެވެ. ހައްތަހާވެސް ބުނެވެނީ ރައްޔިތުންގެ ކަންކަމުގެ އިތުރުން ދާއިރާތަކަށް ތަރައްގީ ގެނައުމަށް މުއިއްޒު ސްޕީޑްގައި މަސައްކަތް ކުރާ ވާހަކައެވެ. ކުރެވުނު ކަމެއް ކުރާކަމެއްގެ ވާހަކަ ނުދައްކާ ދެއްކީ ކުރީ ސަރުކާރުގެ ވާހަކައެވެ. 

ކުޑަ ރަށެއް ބޮޑު ރަށެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށް ބުނަމުން ނޮޅިވަރަމާ މެދު އަޅާނުލާ އޮތްކަމަށް ބުނީމާ އެރަށު މީހުން ޝިޔާމަށް ކުރީ މަލާމާތެވެ. އެ ރަށު ރައްޔިތުންގެ ކުރިމަތީގައި ހާމަވެގެން ދިޔައީ ޝީޔާމްމެންގެ ދޮގުވެރިކަމެވެ. ކުރީ ސަރުކާރުން އެރަށުގައި ކުރީ ކީއްކަން އެންމެ ރަނގަޅަށް އެނގޭނީ އެރަށު ރައްޔިތުންނަށެވެ. މައްސަލައެއް ނެތެވެ. ކުރީ ސަރުކާރުން އެއްވެސް ކަމެއް ކޮށެއް ނުދެއެވެ. އެކަމަކު އެބުނާ މުއިއްޒު ސްޕީޑްގައި މި ސަރުކާރުން ކުރި ކަމެއް އޮންނަން ވާނެތާއެވެ. 

ޝިޔާމްމެން އެކިޔާ މުއިއްޒު ސްޕީޑަކީ ކުރާނަން އަޅާނަން ދޭނަމެވެ. ކުރި ކަމެއް އެޅިތަނެއް ދިން އެއްޗެއް އަދި ނެތެވެ. ޝިޔާމް ވާހަކަ ދައްކާ ދައްކާ ކަރުން ލޭ ލީއިރުވެސް މުއިއްޒު ސްޕީޑްގައި ކުރެވުނު އެއްކަމެއް ވެސް ބުނެއެއް ނުދެވުނެވެ. މާމޮޅު ވާހަކައަކަށް ވެގެން ދެއްކީ ބާލަން އުޅޭ ސިފައިންގެ ޔުނީފޯމް ވާހަކައެވެ. ގެއްލިގެން އުޅޭ ކަނޑެއް ހޯދާ ވާހަކައެވެ. އަނގަފުރާ މީހުންގެ ތެރޭގައި ޝިޔާމު އެ ވާހަކަ ދެއްކި އިރު އެއްޔަކީވެސް އެ ބުނާހެން ވާކަށް އޮތް ކަންކަމެއް ނޫންކަން އާޖުފާޖު އެނގޭ އެންމެނަށްވެސް އެނގެއެވެ.

]]>
Mon, 26 Feb 2024 11:40:23 +0500 ހީރަސްނިއުސް
ވައުދެކޭ ވައުދޭ ބުނެލާއިރު އިތުރަށްއެވީ ބޭޒާރު ކޮބާހޭ! https://heerasnews.com/2284 https://heerasnews.com/2284 ފުދޭނެއެއް ނުފުދޭނެއެއް ބެލުމެއް ނެތެވެ. ވައުދު ވަނީ ފަތުއަޑު ކިޔާފައެވެ. ކަމެއްގެ ވާހަކަ އޮންނަނީ މީހަކު ބުނަންވާ ލަހެކެވެ. ކޮށްދޭން ވައުދުވެއެވެ. މީހުން ގުނބޯ ހެދޭ ވާހަކަ އަޑުއަހަމެވެ. މިވަރުކަމެއް އެކަމަކު ނުދެކެވެ. 

މުއިއްޒު ވެރިކަމަށް އަންނަން ވައުދުވީ ނިކަން ރަނގަޅަށް ހިސާބު ޖަހާފައި ކަމަށް ބުނެއެވެ. ޖެހި ހިސާބު އޮތީ އޮތް ތާކުއެވެ. ރިޔާސީ ކެންޕޭނުގައި އެރިހާ ރަށަކަށް އަރާ ވައުދުވީ އެމްޑީޕީން ވީ ވައުދަކަށް ވައުދެކެވެ. އެމްޑީޕީން ގޯތިދޭން ވައުދުވިއްޔާ ގެއަޅަން ފައިސާ ދޭން ވައުދު ވެއެވެ. އެމްޑީޕީން ފްލެޓްގެ ކުލިކުޑަކުރަން ބުނިއްޔާ ކުލި ކަނޑާލަން ވައުދުވެއެވެ. މުސާރަ ބޮޑުކުރަން އެމްޑީޕީން ބުނިއްޔާ މުސާރަތައް ދެގުނަ ތިންގުނައަށް ބޮޑުކުރަން ވައުދުވިއެވެ. އެމްޑީޕީގެ ރިޔާސީ ވައުދުތައް ކޮޕީކޮށްގެން ވައުދަކަށް ވައުދެއްވަމުން ގޮސް ވެރިކަން ހޯދީ ދޮގު ވިއްކައިގެނެވެ.

އެވަރަކުން ނުނިމެއެވެ. ވެރިކަން ލިބުމުންވެސް ވީވައުދު ފުއްދުމަށްވުރެ މުއިއްޒު އިސްކަން ދިނީ އައު ވައުދު ވުމަށެވެ. މުއިއްޒުގެ ކަމަކީ ވައުދު ފުއްދުމެއް ނޫނެވެ. މަތި މައްޗަށް ވައުދު ވުމެވެ. ތިންމަސްވެ ހަތަރު މަހަށް އެޅިއިރުވެސް ވައުދު ވުމަކަށް ހުއްޓުމެއް ނާދެއެވެ. 

ހަފްތާ 14 ވައުދު ފަތީގައި ހުރީ ވައުދަށްވުރެ ކުޅޭކުޅޭ ހޮޅިކަންކަމެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުމަށް ވުޒާރާއެއް ހެދުންވެސް އެއީވައުދެކެވެ. އަޖައިބެއް ނުވާނެހެއްޔެވެ. ރައީސް މައުމޫނު އިރުއްސުރެ އެ މޭންޑެޓްތަކުގައި މިނިސްޓްރީއެއް ނެތް ސަރުކާރެއް ރާއްޖެއަކަށް ނާދެއެވެ. ސަރުކާރުގެ އޮނިގަނޑަށް ގެނެވޭ ބަދަލަކީ ވައުދުކަމަށް ވަންޏާ އަންނަފޮށާ ބަދަލުކުރުންވެސް ވާނީ ރިޔާސީ ވައުދަކަށެވެ. 

އެއްސަރުކާރުން އަނެއް ސަރުކާރަށް ދައުލަތް ހިންގުން ބަދަލު ވެގެންދާއިރު ހިނގަ ހިނގާ ހުންނަ ކަންކަން އިންތިޒާމު ކޮށްގެން ކުރުމަކީ ވައުދު ފުއްދުމެއް ނޫނެވެ. ރަނގަޅު ހެޔޮ ވައުދަކީ ހިންގުމަށް ގެނެވޭ ތަފާތު ހެޔޮ ބަދަލެވެ. ކުރިއަށްވުރެ މަންފާހުރި ހަރަދު ކުޑަ ހިދުމަތް އަވަސް އަވަހަށް ނަތީޖާ ހާސިލްވާ ހެޔޮބަދަލެވެ. 

ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ހަފްތާ ސާދަ ނިމުނު އިރަކު ނުފުދެއެވެ. ރައީސް ޔާމީނު މިނިވަނެއް ނުކުރެވެއެވެ. ބޫޓް ޖޯޑެއްވެސް ނުބަހައްޓާ ބާލާނެކަމަށް ވައުދުވި އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ގެއްލިގެން ހޯދަން އުޅުނު ކަނޑާއި ޗާގޯސް ހޯދަން މައްސަލަ އިސްތިއުނާފެއް ނުކުރެވުނެވެ. ބޮޑުކުރަން ބުނި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑެއް ނުކުރެވުނެވެ. ވަކިނުކުރާން ބުނި ރަށްރަށުގެ ނިކަމެތި ރައްޔިތުން ވަޒީފާތަކުން ނުކަނޑައެއް ނުވިއެވެ. ގެޒެޓް ކޮށް ދޭން ކަނޑައަޅަފައިވާ ގޯތިތަކާ ފްލެޓްތައް ނުދެވުނެވެ. ރަށްރަށުގައި ކޮށްދޭން ވައުދުވީ އެއްކަމެއް ނުކުރެވޭތާ ކުރެވޭތޯ ނުވެސް އުޅެއެވެ. ކުރާން ވީ ވައުދުތައް ހޮޅިއަށްވެ ނިމުނީއެވެ.

ފައިސާ ހޭދަނުކޮށްވެސް ފުއްދެން އޮތް ވައުދުތައް ވެސް އޮތީ ނުފުއްދައެވެ. އިންޑިއާ އާއިއެކު ކުރީގެ ސަރުކާރުން ވެފައި އޮތްކަމަށް ބުނި 100 އެއްބަސްވުން ހުދުކާފޫރަށް ވީއެވެ. އެއްވެސް ކަމެއް ސިއްރު ނުކުރަން ވީ ވައުދުގެ ދަށުން ޗައިނާ އާއިއެކު ސޮއިކުރި އެއްބަސްވުންތަކު ހިޔަނިވެސް ނުވެއެވެ. ރަސްމާލެ އެއްބަސްވުމުގެ ކުލަ ފާޅެއް ނުވެއެވެ.   

ވީވައުދުތައް ހުރި ގޮތަށް ހުއްޓާ އަނެއްކާވެސް ވައުދުގެ ސިލްސާ ފެށުނީއެވެ. ސަރަހައްދު ބަލަހައްޓަން ޑްރޯނެވެ. ކޮންމެ ރަށަކަށް ހޮސްޕިޓަލެކެވެ. ކޮންމެ ދެރަށެއް ދޭތެރޭގައި ބުރިޖެވެ. ފުށިދިއްގަރުފަޅުން މާލެއަށް އަންޑަރ ވޯޓާރ ޓަނަލެވެ. ކޮންމެ ރަށަކަށް އެއަރ ޕޯޓެކެވެ. ރޮކެޓް ޖައްވަށް ފޮނުވާ ވާހަކައާއި ނިއުކްލިއަރ ހަތިޔާރު އުފައްދާ ވާހަކަ ނުދައްކާނެ ކަމެއްވެސް ނޭނގެއެވެ.

އެކަމަކު ގައުމު އޮތީ ދަރާ ވިކިފައެވެ. ކިރިމަހަށް މަސްވެރިންނަށް ފައިސާ ދެވޭން އޮތް ކަމަކަށް ނުވެއެވެ. ރަށްރަށުގައި ފަށަފައިވާ މަސައްކަތް ކުރިއަށް ގެންދެވޭހާ ފައިސާ ހުރިކަމަކަށް ނުވެއެވެ. ލޮނުމަދުކޭ ގިތެލެއްހެން ބާރުބާރަށް މުއިއްޒު ކުރުކާލި ކެނޑީމާ އެންމެންވީ ގުނބޯ ހެދިގެން ބާރަށް އަތްޖަހާށެވެ. މަޖިލިސް މުއިއްޒަށް ދީގެން ރައްޔިތުންވީ ނަގޫފިތގެން ނުފޭބި ސައްކެޔޮގަހު އިން މަކުނަށް ވާށެވެ.       

]]>
Sun, 25 Feb 2024 20:06:42 +0500 ހީރަސްނިއުސް
ނާކާމިޔާބު ހިމޭން އެންދެރި އިންގިލާބު! https://heerasnews.com/2282 https://heerasnews.com/2282 ޔާމީނު ވެރިކަމުގައި ތަނެއް ދޮރެއް ނުބަލާ މުޅި ދައުލަތް ވިދާ އިރާ ކައިހުސްކުރީ ރޯމާ ދުވާލެވެ. އޮތިއްޔާ އޮތް ރަށަކާއި ފިނޮޅަކާއި ފަޅަކާއި ވިލަކާއި ހަލަކަށް ދަންދެން ވިއްކާ ދައުލަތް ދަވާލިއެވެ. ޔާމީނާއި އަދީބާއި ޒިޔަތު އިސްވެ ތިބެއެވެ. މުޅި ދައުލަތުގައި އޮބި އަޅާ ފެލާލައިގެން އެމީހުންގެ ޖީބުތައް ފުރާލީ އެކުވެރިންނަށް ބައި އަޅައިގެންނެވެ.  

ޔާމީނު ހިންގި ޕްރޮޖެކްޓްތައް ހިންގީ ޗައިނާގެ ދަރަނީގެ ދަންތުރައިންނެވެ. އޭގެން ވެސް ބައެއް ޔާމީނާއި އައުވާނުންގެ ޖީބަށް ޖަހަލައިގެންނެވެ. ފަޅުރަށްތަކާއި ދެންވެސް ހުރި އެއްޗެއް ވިއްކައިގެން ލިބުނުހާ ފައިސާ ކައި ހުސްކޮށްލީއެވެ. ކޮންޓޭނަރާއި ފޮށިފޮއްޓާއި ދަބަސް ދަބަހުގައި އަމިއްލަ ގޭގެއަށާއި ގުދަންތަކަށް ދައުލަތުގެ ފައިސާ އުފުލީ މޫނެއް ކަނދުރާ އަކަށް ނުބަލައެވެ. ދައުލަތުގެ ހަޒާނާއަށް ވެއްދީ ނަމެއްގައި ވެއްދި ދާދިކުޑަ މިންވަރެކެވެ.

ޔާމީނު ދައުލަތް ދަވާލުމުގައި އަދީބަކީ އޮަޕަރޭޝަން މެނޭޖަރެވެ. ޒިޔަތަކީ ފްރަންޓް އޮފީހެވެ. އެސްއޯއެފަކީ މަނީ ލޯންޑަރިންގ މެޝިނެވެ. ޑރ. މުއިއްޒަކީ ހިޔާނާތުގެ މަތިއަޅާދޭ މަސައްްކަތު ސަރުދާރެވެ. ޖަރީމާތަކަށް ގާނޫނީ ހަމައަޅުވަން އިދިކޮޅުގެ ރުހުން ހޯދަން ޔާމީނު ބޭނުންކުރީ ބްލެކްމޭލް ވެފައި ހުރި އޭރުގެ އިދިކޮޅު ލީޑަރ އަންނިއެވެ. ޔާމީނު ބޭނުންވި ގާނޫނީ ބަދަލުތައް ގެނައުމަށް މެންބަރުންނަށް ރިޝްވަތުދޭން ޔާމީނު ބޭނުންކުރީ އަންނިއެވެ.

ދައުލަތުގެ ފައިސާގައި ލަވަކިޔާލާފައި އުޅުނު އަދީބަށް ދުނިޔެ ފެނި ދުނިޔެ ރަންވެ ވަގުގައި ވަގުހިފާ ޔާމީނަށް ފައިސާ ވަނުން ބަންދުވާން ފެށިއެވެ. ސަރުކާރުގެ ބާރު އަދީބު އަތަށް ކަހަމުން ދާތަން ޔާމީނަށް ފެނުނެވެ. ބޮޑެތި ކޮންޓޭނަރުގައި ފައިސާތައް ޔާމީނަށް ގެއްލެން ފެށިއެވެ. ކަން ނިމުނީ އަދީބާއި ޒިޔަތު ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލައިގެންނެވެ.   

ޔާމީނު ގައުމު ދަވާލާ ގައުމު އިރާ ކައި ހުސްކުރާތަން ބަލަހައްޓައިގެން ހުރުމަކަށް ރައީސް މައުމޫނަކަށް ކެތެއް ނުވިއެވެ. މައުމޫނުގެ މަދަދުގާރަކަށް ވެގެން ޔާމީނާ ދެކޮޅަށް ނިކުތީ ގާސިމް އިބްރާހީމެވެ. ޔާމީނު ބާރުވެރި ވާތަން ދެކެން އެންމެ އުނދަގޫ އެކަކީ އަބަދުވެސް ގާސިމް އިބުރާހީމެވެ. އެންދެރިމާގޭ ތެރެއިން އުފެދިގެން އައި ހިމޭން އިންގިލާބްގެ ކޮޅުތައް ސްޕްރީމް ކޯޓާއި ފުލުހުންނާއި ސިފައިގެން ތެރެއަށް ވަދެގެން ދިޔައެވެ. މަޖިލީހުގެ ތެރެއަށް ވެސް އިންގިލާބުގެ މޫ ލާފައި އޮތެވެ. 

ފެބްރުއަރީ 1ގެ "އެންދެރި ހިމޭން އިންގިލާބު" ފޭލިކޮށްލާ މުގުލުގައި ތިބި ދެ ފަނޑިޔާރުން އޮޅުއަޅާލިއެވެ. މައުމޫނާއި ޤާސިމާއި ދެންވެސް ތިބިއްޔާ ތިބި ސިޔާސީ ބަޔަކު ހުރަގޭގައި ގައިދުކޮށް ޔާމީނުގެ އަސްލު ސޫރަ ދައްކާލިއެވެ. އެންދެރި ހިމޭން އިންގިލާބު ފޭލިވުމުން ޔާމީނު ނޫން ގޮތެއް ހޯދުމަށް ދިވެހިންނަށް އޭރު އިބޫ އޯކޭއެވެ. 

]]>
Sun, 25 Feb 2024 14:33:06 +0500 ހީރަސްނިއުސް
ސައިދަށް ސައީދު އޮޅި ދެއްކެނީ ޖައްބާރުކަން! https://heerasnews.com/2281 https://heerasnews.com/2281 "ހަމަ ހަގީގަތުގައި ވެސް" ފުން ކަނޑުގެ ތެރެއަށް ގެނބިފައި އޮތީ ރާއްޖެއެއް ނޫނެވެ. ޑރ. މުއިއްޒުގެ ސަރުކާރެވެ. ހެދޭ ނުހެދޭ ނޭނގި މަގު އޮޅި މިސްރާބު އޮޅިގެން އުޅެނީ އިގުތިސާދީ ވަޒީރު ތުރާކުނު ސައީދަށެވެ. މިނާއަކީ ގަރަހިތެއް ކަހަލަ މީހެކެވެ. މިނާގައި ހުރި މުނާފިގުކަން ފެނި ސިހޭހާ ވެއެވެ. 

މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެ ދާދިފަހުން ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅަކަށް ރައްދުދީ މި ސައީދަކު ވާހަކަ ދެއްކިއެވެ. މީގެކުރީން ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ވެރިއަކު ވެރިކަމުގެ ފުރަތަމަ 2މަހުގެ ތެރޭގައި އާމްދަނީ އިތުރު ކުރުމަށް އިޖާދީ މަސައްކަތެއް ކުރިކަމަކަށް ނުވެއެވެ. ނުއަގުގައި ފަޅުރަށްތައް ރައީސް ޔާމީނު ވިއްކި ކަމަށް ވެސް ބުންޏެވެ. 

ރައީސް ޔާމީނު ސަރުކާރުގެ އިގްތިސޯދީ ކަންކަމަށް ފާޑު ކިޔާއިރު ރައީސް ޔަމީނުގެ އިގްތިސޯދީ ވަޒީރަކީ ސައީދު ކަމެއް ސައީދު ހަނދާނެއް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިއްޔާކުރި ކަމެއްގައި އެންމެ ބޮޑު ދައުރެއް އޮތީ ސައީދުގެ އެވެ. ސައީދަށް ނޭގި ގޮނޑުދޮށަށް ރާޅެއްވެސް އޭރަކު ނުޖަހައެވެ. އެހެން އެންމެންނަށް ފާޑުކިޔަސް ރައީސް ޔާމީނުގެ އިގްތިސާދީ އެއްވެސް ކަމަކަށް ސައީދަށް ކިޔޭނެ ފާޑެއް ނުއޮންނާނެއެވެ. ރައީސް ޔާމީނުގެ އިގްތިސާދީ ކަންކަމަށް ސައީދު ފާޑު ކިޔާނަމަ އެކިޔެނީ އަމިއްލަ ނަފްސަށެވެ. އަމިއްލައަށް ފާޅު އެ ކުރަނީ މީނާގައި ހުރި ޖައްބާރުކަމެވެ.

މިހާވަރަކަށް ފޮނު މިއަރުވަނީ ފުރަތަމަ ދެމަހުން ކޮން އީޖާދީ ކަމެއް ކުރެވިގެން ހެއްޔެވެ. ހަފުތާ ސާދައިން ވައުދުތަކެއް ހާސިލުކުރެވިގެން ތުންމައްޗަށް ދަތްނާރައިގެން އުޅޭއިރު ތަފާތު ރަނގަޅެއް އިހުސާސް ވެގެން އުޅޭ ރައްޔިތަކު ނޫޅެއެވެ. ހިލޭ އެހީގެ ގޮތުގައި ބައިސެންޓް ވެސް ބޭރުން ގެނެ ވުނީއެއް ނޫނެވެ. ވެރިކަމެއް ބަދަލު ކުރެވުމުގެ އުފަލެއް އިހުސާސްވީ މީހަކު އުޅެނީއެއް ނޫނެވެ. 

ރައީސް ޔާމީނު މިނިވަނެއް ނުކުރެވުނެވެ. ގެއްލުނު ކަމަށްކީ ކަނޑު ހޯދަން އިސްތިއުނާފެއް ނުކުރެވުނެވެ. އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ގޯތިތަކާއި ފްލެޓްތައް ހަވަލެއް ނުކުރެވުނެވެ. މުއައްޒަފުންގެ މުސާރަ ބޮޑުކޮށެއް ނުދެވުނެވެ. 

މިނިސްޓްރީ އުފެއްދުމާއި އެކަމެއް ނުވިޔަސް އެވެނިކަމެއް ކުރަން ނިންމުން އެއީ ވައުދު ފުއްދުން ކަމަށް ވަންޏާ ހުރިހާ ވައުދެއްވެސް ފުދި އިތުރުވެއްޖެއެވެ. މުއިއްޒުގެ ވައުދު ފުދޭވަރަކަށް މަސްވެރިން ނިކުމެ ތިބެނީ މުޒާހަރާގައެވެ. ކަންކަން ކޮށް ނުދީގެން އާއްމު ރައްޔިތުން އެއްވެ ތިބެނީ މުއައްސަސާތަކު ތެރޭގައެވެ. ވޯޓުދިން މީހުން ދުވަނީ ހުސްގޮނޑިއެއް ހިފައިގެން ފަހަތުންނެވެ.

އައިއެމް އެފާއި ވޯޅްޑް ބޭންކުން ލަފާދެނީ ބަގުރޫޓް އިއުލާނު ކުރުމަށެވެ. އިގްތިސޯދު ހަމަޖެހިފާ އޮތްވަރުން ވިއްކަން ޖެހެނީ ޓީ ބޮންޑެވެ. ވިއްކާ ޓީ ބޮންޑެއް ގަންނާނެ ފަރަތެއް ނުވެއެވެ. ބޭންކު ތަކުން ސަރުކާރަށް ލޯނު ނުދީގެން ސަރުކާރަށް ލޯނު ހޯދަން ޖެހެނީ އެސްއޯއީތައް މެދުވެރިކޮށެވެ. އިންވެސްޓް ކުރަން ހަވާލު ކުރަނީ ސްކޭމަރުންނާއެވެ. 

މިވަރު ބައެއް ނެތިގެން ދޮގާއި ވަގާއި މަކަރުން ވެރިކަން ހޯދައިގެން ދުލުކުރީގައި ކުރީ ސަރުކާރު ލިޔެގެން ތަސްބީހައަކަށް އެހެން ކިޔުން ނޫނީ ނެތެވެ. ކެރުމެއް ހިތްވަރެއް ހުރިނަމަ ކުރީގެ ސަރުކާރޭ ނުކިޔާ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދީބަލާށެވެ. ރައްޔިތުންނަ ގުޅުން ހުރި ކަމެއް ކޮށްނުދީ ރައްޔިތުންގެ ވޯޓު ހޯދަން ހަމްދަރުދީގެ ކާޑް ކުޅެގެން ވާނެ މޮޅެއް ނުއޮންނާނެއެވެ. ސައިދަށް ސައީދު އޮޅެގެން އުޅުނަސް މީހުނަށް ސައީދެއް ނޯޅެއެވެ. 

]]>
Sat, 24 Feb 2024 18:48:08 +0500 ހީރަސްނިއުސް
މުއިއްޒު ވިއްކާދިނީ ޔާމީނުގެ ދޮގު ދޮލަނގު! https://heerasnews.com/2280 https://heerasnews.com/2280 އާނއެކެވެ. ރާއްޖެ މިއަދު މި އޮތް މިހާލަތަށް ވައްޓާލީ މުއިއްޒެއް ނޫނެވެ. 2013 އިން 2018އަށް ރާއްޖޭގައި ވެރިކަން ކުރި ޔާމީނެވެ. މުއިއްޒަށް ޖެހިގެން އުޅެނީ ޔާމީނު ޖެއްސި ހާލެވެ.

ބަޔަކަށް ކަންކަން އޮޅެގެން އުޅުނަސް ވިސްނާ ބަޔަކަށް އެ ހަގީގަތެއް ނޯޅެއެވެ. އެމްއެމްޕީއާރުސީ ދަވާލި ގޮތުގެ ވާހަކައާއި ޗައިނާގެ ދަރަނީގެ ދަންތުރައިގެ ވާހަކައާއި ޔާމީނުގެ އަނިޔާގެ ވާހަކައާއި އެއްވެރިކަމުން އަނެއް ވެރިކަމަށް ނަގުލުވެ ވާރުތަ ވަމުން އައި އިގްތިސޯދީ ދަތިކަމުގެ ވާހަކަ އެހަށް ބާއްވަމާ ހިގާށެވެ.

ޑރ. މުއިއްޒަށް ޔާމީނު ޖެއްސި ހާލުގެ ވާހަކަ އެހަށް ދައްކާލަމާ ހެއްޔެވެ. ހަމަ ތެދެކެވެ. ޔާމީނެކޭ މުއިއްޒާ ވިދިފައި ހުރި ބޭރިއެކޭ ތަފާތެއް ނެތެވެ. ނުމެ ކޭމެއެވެ. ނުމެ ދިޔަމެއެވެ. ޔާމީނަކީ މުއިއްޒުގެ ހަތުރެއް ކަމެއް މިތުރެއް ކަމެއް ނޭނގެއެވެ. މަޖިލިސް އިންތިހާބު ނިމެންދެން ޕީޕީއެމް ކުދިންގެ ހިމަނާރާ ކުޅެލައިގެން ހަމްދަރުދީ ޔާމީނު ހޯދަނީއެކޭ ނުބުނަމެވެ.

ޔަގީނުން ވެސް އެނގޭކަމަކީ ޑރ. މުއިއްޒަށް އަރައިނުގަނެވިގެން އެ އުޅެނީ ޔާމީނު ޖެއްސި އުނދަގޫ ތަކުން ކަމެވެ. ކަންކަން ހިނގާ ނިމިދާ ގޮތަށް ވިސްނާލުމުން ނިކަން ރަނގަޅަށް މިއީ ތެދެއްކަން އެނގޭނެއެވެ.

އެންމެ ފުރަތަމަ ކަމަކީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓްގައި ބަގުޑި ބައްދައިގެން ޔާމީނު އުޅުނު އުޅުމެވެ. އެ ބިޔަ ބޮޑު ކޯލިޝަނުން ޔާމީނު ނޫން މީހަކު ވެރިކަމަށް އަޔަނުދޭން އަމަލު ކުރި ގޮތެވެ. ޔާމީނުގެ އަމިއްލަ އެދުމުގައި ޕްރޮގްރެސިވް ކޯލިޝަންގެ ވާގި ނައްތާލީ ޔާމީނު ނޫން ދެވަނަ މީހެއް ނޫނެވެ. އަދުރޭ ވިސްނާ ނެތް ނަމަ ޕީޕީއެމް-ޕީއެންސީ ވުޖޫދުގައިވެސް ނުއޮތީހެވެ.

ވެރިކަމުގައި ހުރެ ދައުލަތް ދަވާލާ އަމިއްލަ އެކައުންޓު ތަކަށް ދައުލަތުގެ ފައިސާ އެޅުމުގެ ކުށް ސާބިތުވުމުން ވެސް ވެރިކަން ނޫން ކަމެއް ބޭނުން ނުވެގެން ގައުމު ނުރައްކަލަށް ވައްޓާލީ ޔާމީނެވެ. ކޮވިޑާއެކު ގައުމު ބަނޑަށްޖެހި އެމްޑީޕީގެ ވެރިކަން ވައްޓާލެވޭނެ ކަމަށް ޔާމީނު ހީކުރިއެވެ. ޔާމީނު ހީކުރި ގޮތަށް އެކަން ނުވީ  އަވައްޓެރި އިންޑިއާގެ އެހީތެރިކަމާއެކު ރައީސް ސޯލިހު ގައުމު މެނޭޖު ކުރިލެއް ރަނގަޅު ކަމުން ކަމަށް ޔާމީނު ގަބޫލުކުރިއެވެ. 

އިންޑިއާގެ އެހީތެރިކަން ކަނޑުވާލައިގެން ނޫނީ ވެރިކަމުގެ ވަސްވެސް ޔާމީނަށް ނުފެންނާނެތީ އިންޑީއާ އައުޓް ކެންޕޭން ޔާމީނު ފެށީއެވެ. ހާސްހާހުން ހަތިޔާރު އެޅި ސިފައިން ތިބި ކަމަށް ބުނެ ރައްޔިތުން ބިރުގެންނެވީއެވެ. ބައިނަލް އަގުވާމީ ގާނޫނުތަކާއި އެއްގޮތަށް އދގެ ޓްރައިބިނަލަކުން ހަމަޖެއްސި އިގުތިސާދީ ސަރަހައްދުގެ އިމުގެ މައްސަލައަކީ ކަނޑުވިއްކާލުން ކަމަށް ހަދައިގެން ރައްޔިތުން ރުޅިއެރުވީއެވެ. ކޯޓުގެ ހުކުން ހަރާންކޮށް " ބޭ އިއްޒަތު ބަރީ" ވާން މަގުމަތީކޯޓު އުފަން ކުރުވީ ޔާމީނެވެ.

ދަބަސް ދަބަހާއި ފޮށިފޮށީގައި ގެއަށް ވެއްދި ހަރާން ފައިސާ ހަލާލުކޮށް ކޯޓު ހުކުމް ހަރާންކޮށްގެން އެއްވާނަކަށް ސަޕޯޓަރުން ކައްކުވައިގެން އެމީހުންގެ ދުނިޔެ ރަންކޮށްލީ ޔާމީނެވެ. ވެރިކަމަށް ވާދަ ނުކުރެވޭނެކަން ކަށަވަރު ވާއިރުވެސް އެހެން މީހަކަށް ފުރުސަތު ނުދީ ޕްރޮގްރަސިވް ކޯލިޝަން މަގުމަތިކޮށްލަން ފައިވިއްދީވެސް ޔާމީނެވެ. ޑރ. މުއިއްޒުގެ ހުސިޔާރު ކަމުން ރިޔާސީ ޓިކެޓް ޖަހައިގަނެ ޕްރޮގްރެސިވް ކޯލިޝަން މަގުމަތި ވިޔަނުދީ ކޮޅަށްޖެހީ ޔާމީނާ ދެކޮޅަށެވެ. 

އެކަމަކު ކުރާނީ ކީއްހެއްޔެވެ. ސަޕޯޓަރުންގެ ރޫހާ ދެކޮޅަކަށް ޑރ. މުއިއްޒަށް އެއްވެސް އެއްޗެއް ނުބުނެވި ޔާމީނު ވިއްކި ދޮގު ދޮލަގު ބޮލަށް ލައިގެން އުޅުން ނޫން ގޮތެއް މުއިއްޒަކަށް ނެތެވެ. ރާއްޖޭގައި ހާސް ހާހުން ހަތިޔާރުއެޅި އިންޑިއާ ސިފައިން ނެތޭ  ބުނަން ބޭނުން ވިޔަސް ތާއީދު ހިފެހެއްޓުމަށް އެހެން ބުނެވެން މުއިއްޒަށް ނެތުނީއެވެ. ޔާމީނަށް ކޮށްފައި ވަނީ ހައްގު ހަލާލު ހުކުމެކޭ ބުނަން ބޭނުންވިޔަސް އެ ވާހަކަ އެހެން ގޮތަކަށް ފުރޮޅާލެވޭކަށް މުއިއްޒަކަށް ނެތެވެ. ދެކުނު ކަނޑުގެ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅިގެން ދިޔައީ ރަނގަޅަށް ކަމަށް ބުނަން ކިތަންމެ ބޭނުންވިޔަސް މުއިއްޒަށް އެހެންވެސް ބުނެވޭކަށް ނެތެވެ. ވިއްކި ދޮގުލަނގުގެ މައިގަނޑު ތިނެއްޗަކީ އެއީ ވިއްޔާއެވެ.

ޔާމީނުގެ ދޮގު ދޮލަނގު ވިއްކައިގެން ވެރިކަމަށް އައު ދެވުނީމާ އެ ދޮގުތައް ދިފާއު ކުރަން އުޅެން ހަދައިގެން މުއިއްޒަށް ދައުލަތް ހިންގުން ވަނީ އަނިޔާއަކަށް ވެފައެވެ. އަވައްޓެރި އިންޑިއާ އާއި އެކު އޮތް ޒަމާންވީ އަހުވަންތަ ގުޅުން ކަނޑާލާ އެ މިހުންގެ އެހީތެރިކަމުން އަތްދޮވެލަން ޖެހުނީއެވެ. ބާލަން ވެރިކަމަށް އެރި ސިފައިންގެ ބާލަން ލިބުނީ ޔުނީފޯމެވެ. ހިތާ ދެކޮޅަށްވެސް ކަނޑު ހޯދަން އުޅޭ ގޮތް ދައްކައިގެން އުޅުން ނޫން ގޮތެއް މުއިއްޒަށް މިހާރަކު ނެތެވެ. ޔާމީނަށް ކޮށްފައި ވަނީ ހައްގު ހަލާލު ހުކުމެއް ކަމުން ޔާމީނު މިނިވަން ކުރަން މުއިއްޒަށް ކުރެވޭނެ ކަމެއް ނެތޭ ސީދާކޮށް މުއިއްޒަށް ބުނެވޭކަށް ނެތެވެ. ވެރިކަމަށް އައުމާއެކު ފުއްދަންވީ މައި ތިން ވައުދު ނުފުއްދުމުގެ ސަބަބުން އެންމެ ފަހުން ވެރިކަމަށް 3 މަސްނުވެ މުއިއްޒަށް ރައްޔިތުން ކައްޒާބުގެ ލަގަބު ދިނީއެވެ. 

]]>
Fri, 23 Feb 2024 21:17:17 +0500 ހީރަސްނިއުސް
ސްކޭމަރ މުއިއްޒުގެ ވަތުބަތާނަ! https://heerasnews.com/2279 https://heerasnews.com/2279 ރާއްޖޭގެ އިގްތިސާދަށް ވެގެން އުޅޭގޮތް މީހަކަށް އޮޅެގެނެއް ނޫޅެއެވެ. ރާއްޖޭގައި އޮތިއްޔާ އޮތްރަށަކާއި ފަޅަކާއި ގިރިއަކާއި ވިލަކަށް ދަންދެން ވިއްކާލައިގެން ދައުލަތް ދަވާލީ ޑރ. މުއިއްޒު އެ ސަރުކާރެއްގެ ކެބިނެޓްގައި އިން ސަރުކާރުންނެވެ. ލޯލާރި އެއްވެސް ދައުލަތުގެ ހަޒާނާއަށް ނުވައްދާ ދައުލަތް ކައި ފުރާލައިގެން ތިބެ ދައުލަތް ވަޅުގަނޑަކަށް ވައްޓާލުމުގެ ތުހުމަތު ކުރީ ސަރުކާރުގައި އެބަ އަޅުވައެވެ. 

ކުރީ ސަރުކާރުން ނުވާނެއޭ ބުނެ މީހެއްގެ ބޮލުގައި ކަމެއް ނާޅުވައެވެ. ކޮވިޑުން އަރައިގަނެ ޔުކްރޭން ހަނގުރާމައިގެ ލޮޅުން ކުޑަކޮށް އުފާވެރި އަމާން ރާއްޖެއެއް ހޯދާ ދިނުމަށް ކުރީ ސަރުކާރު އޮތީ ތައްޔާރަށެވެ. ކުރީ ސަރުކާރުން ދައުލަތް ހަމަ މަގަށް އަޅުވަން ދެވަނަ ދައުރު ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް މަށަށް ވާނެއޭ ކިޔާ ރޮއެ ހޭރިގެން ހުސްގޮނޑިއަކާއި ފޮޓޯގަޑެއްގެ ބާރުގައި ވެރިކަން ހޯދާފައި ކުރީ ސަރުކާރޭ ވަޅުގަނޑޭ ދުފާއެއްޗިއްސޭ މިހާރު ނުކިޔާށެވެ.   

ބްރިޖާއި ހިޔާ ޓަވަރުތަކާއި ދަރުމަވަންތަ ހޮސްޕިޓާ އަޅާހާ ލާރި އެމްއެމްޕީއާރުސީން މުއިއްޒުމެން ގުޅިގެން ނަގާ އަންބޮނޑިއަށް މަހާލައިގެން އެކަންކަން ކުރުމަށް ދިވެހިންގެ ކަރަށް ވައްޓާލީ ޗައިނާގެ ދަރަނީގެ ދަންތުރައެވެ. ރާއްޖޭގެ ބޭރުގެ ދަރަނީގެ %43 އަކީ ޗައިނާގެ ދަރަންޏެވެ. އެމްއެމްޕީއާރުސީން ކަޅާކޮށްލި އެންމެ ފައިސާ ފޮއްޗެއް ވެސް ދައުލަތަށް ނުހޯދޭ ވަރަށް ހަޖަމްކޮށް ދިރުވާލި ބައިގަނޑު ވެރިކަމަށް އަރާ އަނގަ ދިޔާކުރާކަށް ތާހިރެއް ނޫނެވެ.

ޗައިނާގެ ދަރަނީގެ ދަންތުރަ ދިވެހިންގެ ކަރަށް މަހާލައިގެން އެޅިބުރިޖުގެ ހަލި މަގުހެދި ކުންފުނިން އަމިއްލަ ޖީބަށް މުއިއްޒު ކަށްވާލި ލާރިގަނޑުގެ ވާހަކަ ޕޯޑިއަމެއްގައި މުއިއްޒު ދައްކާލަ ދީބަލާށެވެ. ހިޔާފްލެޓް ކޮތަރު ކޮއްޓަށް ވީގޮތާއި ދަރުމަވަންތަ ދެޓަވަރުން ޓަވަރެއް ގެއްލުނު ގޮތް ކިޔާ ދީބަލާށެވެ. ބްރިޖުގެ 6 ލޭނުން 2 ލޭނު ދިރުވާލީ ފެން ފޮދަކާވެސް ނުލާ ނޫން ހެއްޔެވެ. ތިޔަ ބައިގަނޑު ނަސަންދުރަ ޕެލަސް ހޮޓެލް ފުޅިއްސާލި ގޮތްވެސް ކިޔާދީ ބަލާށެވެ. ލާމު ލިންކް ރޯޑްގެ ޖަރީމާއިން ކައްވާލި ވަރުވެސް ބުނެދީބަލާށެވެ. 

މާލޭެގެ ހުޅަގު ފަރާތުގައި ހައުސިންގ ޓަވަރު ތަކެއް ހެދުމުގެ ނަމުގައި ކައްވާލި ފައިސާ ތަކަށް ހެދިގޮތްވެސް މުއިއްޒު ކިޔާ ދީބަލާށެވެ. 2015އިން ފެށިގެން ތައިލެންޑްގެ ރައްޔިތެއް ކަމުގައިވާ ޖިރާޓާ އެކު ހިންގިހާ ސްކޭމުން ނެގި ފައިދާ ގަނޑުގެ ވާހަކަވެސް ކިޔާދޭން ވާނެއެވެ. މާލެ ސިޓީ މޭޔަރަކަށް ހުރެގެން ކާނިވަލުން ދޫކުރި ބިންތަކުން ނެގި ކަޓާއި ޕާކިންގ ސްލޮޓް ވިއްކައިގެން ބައިއަޅައިގެން ހޯދިހާ ފައިސާގެ ތަފްސީލު ދޭން ކެރޭނެ ހެއްޔެވެ. 

އައު ސަހަރާ މިސްކިތް މުއިއްޒު ވީގޮތާއި އެތާ އެއްވެސް މަސައްކަތެއް ނުކުރަނީސް އަގުގެ %90 ފައިސާ ދޫކުރުމަށް ފަހު އެގްރިމަންޓް ބާތިލުކޮށް އެ ލާރި ގަނޑަށް ހެދިގޮތް ކިޔާލަ ދީބަލާށެވެ. ރަށް ބޭރުގައި އިންދަން ގެނައި ކަދުރު ރުއްތަކުން ކަމިޝަންގެ ގޮތުގައި ޖީބަށް ޖަހާލި ފައިސާގެ ވާހަކަ ދައްކާލަމާ ބަހީއެވެ. ދިމްޔާތު ކުންފުންޏަށް ވަޒީރުކަމުގައި ހުރެ ބިލާދަރު ލޯނެއް ދަމައިގަތުމުގައި ހިންގި ކޮރަޕްޝަން ވެސް އޮންނާނެތާއެވެ. 

އެފްޑީއޭގައި އަނބިގޮއްޔަ ބަހައްޓައިގެން މެޑިކަލް މާފިޔާގެ ތެރެއިން ކޮވިޑް ތެރޭގައި ހިންގި ޖަރީމާއިން ނެގިހާ މަންފާއެއް ނެގީ ކާކުކަން ނޭނގެނީ ކާކަށް ހެއްޔެވެ. ކޮވިޑް ތެރޭގައި އަނބިގޮއްޔެއާއި ގުޅިގެން އުޅުނު އެންމެހެން މިއަދު ތިބީ ސަރުކާރުގެ ތެރޭގައި ގަދަކޮށެވެ. ވެންޓިލޭޓަރ ޖަރީމާއާއި ކޮވިޑް ސާމްޕަލް ލެބޯޓަރީތަކާއި ޓެސްޓްކިޓްގެ ޖަރީމާގެ މުގުލުގައި އަނބިމީހާ ބަހައްޓައިގެން އުޅުނީ މުއިއްޒު ނޫން ދެވަނަ މީހެއް ނޫންކަން މީހުނަށް މިހާރު އެނގެއެވެ. ގައުމުތައް ހުއްޓި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަނބިމީހާ ލައްވާ މެޑިކަލް މާފިޔާ ގޭންގާ ގުޅިގެން ބޮޑެތި ޖަރީމާ ހިންގުވާނީ ކިހާ ކުލުނެއް ރަހުމެއް ނެތީމާ ހެއްޔެވެ. 

މުއިއްޒަކީ ތަންތަނަށް ނިކުމެ އަނގަ ދިޔަކުރެވޭ ވަރުގެ މީހެއްނޫނެވެ. ވެރިކަމަށް އަރާހުރެ ވެސް ޖަރީމާ ހިންގުންނޫން ކަމެއް ނުކުރެއެވެ. އެއްބަނޑު ކޮއްކޮއަށް މަޖިލީހުގެ ގޮނޑި ކަށަވަރު ކުރުމަށް އެ މަންޖެއާ ވާދަ ކޮށްފާނެހެން ހީވާހާ މީހަކަށް ސަރުކާރުން ސިޔާސީ މަގާމުތައްދީ ފ. ނިލަންދު އަކީ ދައުލަތުގެ ސިޔާސީ މުއައްސަސާއަކަށް ހަދައިފިއެވެ. ސަރުކާރެއްގައި ހިމެނޭ ހުރިހާ ގިންތިއެއްގެ މަގާމުތައް ނިލަންދޫގައި އެއޮތީ ލަވަކިޔާލާފައެވެ.

މަޖިލީހުން ސާދަ މެންބަރުން ރިޝްވަތުގެ ކަޅުފައިސާއިން ގަނެފިއެވެ. ސްކޭމްސިޓީ ރަސްމާލެފަށާ ސްކޭމް އެއަރޕޯޓް ތިނަދޫ ފަޅުގައި އަޅަން ފަރިކުރީއެވެ. ރައީސް އޮފީހާއި ދެ ގަނޑުވަރުގައި 600 އަށް ވުރެ ގިނައިން ސިޔާސީ މުއައްޒަފުން އެބަތިއްބެވެ. ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންގެ އަދަދު 400 އާއި ކައިރިކޮށްފިއެވެ. ދެ ދަރަޖައިގެ ޕޮލިސީ ޑިރެކްޓަރުން ސަރުކާރުގައި ތިބި އަދަދެއް ހިސާބެއް ނޭގެއެވެ. އެކަމަކު 700 ސިޔާޒީ ވަޒީފާ ހަމަވާ ކަމަކަށް ދުވަހަކު ނުވެއެވެ. އެކަމަކު ދައުލަތް އޮތީ އިގުތިސާދީ ފުންވަޅުގަޑެއްގައެވެ. ކިހާތާހިރު ހެއްޔެވެ. 

]]>
Thu, 22 Feb 2024 16:02:52 +0500 ހީރަސްނިއުސް
މުއިއްޒު ދައްޔޫސް ހެދިގެން ގައުމު ނޮޅާ ކާކެއުން ހުއްޓުވާ! https://heerasnews.com/2278 https://heerasnews.com/2278 އަނބި މީހާގެ އުނު އަންނައުނު ހޯދާދޭން ކަންމަތީ ފިހާރައިގެ ސޭޓް އެއްބަހެވެ. އަނިބިމީހާއަށް ކާންބޯން ދޭނީވެސް ސޭޓެވެ. އަނބިމީހާއަށް ބޭނުންވާ ސެންޓާއި އަތަރާއި ލޯޝަނާއި އެނޫންވެސް ބޭނުންވާ ހުރިހާއެއްޗެއް ހޯދާދޭނީ ސޭޓެވެ. ބޭސްފަރުވާއަށް ދާންދެން ސޭޓުވަނީ ހަވާލުވެފައެވެ. ސޭޓު ބޭނުންވާ ކަންކަމުގައި ސޭޓް ބޭނުންވާ ގޮތަކަށް ކަންކަން އަނބިމީހާ ކޮށްލާ ދިނީމާ ނިމުނީއެވެ. ޖީބުން އެންމެ ހަތަރު އަނާއެއްވެސް އަނބި މީހާއަށްޓަކާ ފިރިމީހާ ހަރަދު ކުރާކަށް ނުޖެހޭނެއެވެ. އެކަމުގައި މަށަކަށް ލިބޭ ގެއްލުމެއް ނެތެވެ. ދުވަސްކޮޅަކުން އަނބިމީހާ މަށާ ހަތަރުކަޅި ހަމަކޮށް ނުލެވޭ ވަރަށް ސޭޓަށް ގޮސް ހުސްވިޔަސް ވަރިހަމަތާއެވެ. ސޭޓާއެކު މިހެދުނީ ކިހާ ފައްކާ ޑީލެއްހެއްޔެވެ. ދައްޔޫސެކޭ މީހުން ކިއްޔާ ވާނީ ކީއްހެއްޔެވެ. 

ޑރ. މުއިއްޒުވެސް ހަދަމުން އެދަނީ އެޒާތުގެ ޑީލެވެ. ކޮންމެ ދައްޔޫސީ ޑީލަކާ ގުޅުވައިގެން މާމޮޅު ވާހަކައެއް ކަމަށް ހަދައިގެން މިބުނަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ވާހަކައެވެ. ރާއްޖޭގެ އެންމެ އަކަ ކައިވަތަކީ ވެސް ތިޔަ ހީކުރާހެން ފައިސާއިން އަގުކުރެވޭނެ އެއްޗެއް ނޫނެވެ.

ރާއްޖޭގެ ސަރަހައްދު ކަމަށްވާ އާޕިލަޖިކަލް ބޭސްލައިނުގެ ބޭރުން ބާރަ ކަނޑުމޭލުން އެތެރޭގެ ކޮންމެ އަކައިންޗިއަކީ ދައުލަތުގެ މިލްކިއްޔާތެވެ. ބަޖެޓްގައި އޮތަސް ނެތަސް ހަޒާނާގައި ކޮމޯޑިޓީއެއްގެ ގޮތުގައި ރައްކާކުރެވިފައި ނެތަސް ހަމައެއް އުސޫލެއްނެތި ވެރިއަކަށް ހުންނަ މީހާ ބޭނުންހާ އެއްޗެއް ދައުލަތުގެ މިލްކިއްޔާތަކަށް ނުހެދޭނެއެވެ. 

ބައިނަލްއަގުވާމީ ގާނޫނު ތަކުގެ ދަށުން ބައިނަލްއަގުވާމީ ކޯޓަކުން ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކިކުރުމުން ކަނޑު ވިއްކާލި ކަމަށްވެގެން އަޑުން އަޑުނަގާ ތެޅެފޮޅުނީ ތިޔަ ބައިގަނޑެވެ. އެއްޔަކީ އަދި ރާއްޖޭގެ ސިޔާސީ ސަރަހައްދުގައި ހިމެނޭ ތަނެއްވެސް ނޫނެވެ. އެކަމަކު ވެރިކަމަށް އެރިގޮތަށް އަރާ ފުށިދިއްގަރުފަޅު ހިލާލީ ބޯހިޔާވަހި ކަމުގެ ނަން އަޅުވައިގެންނެވެ. ބޭރު ބަޔަކަށް 99 އަހަރަށް ބާޓާ އުސޫލުން ދޫކޮށްލީ ގާނޫނާއި ގަވައިދަށް ބެލުމެއް ނެތިއެވެ. 

ކުރީ ސަރުކާރަކުން 25 އަހަރަށް ހުޅުލޭ އެއަރޕޯޓް ހިންގުން ބޭރު ބަޔަކާ ހަވާލުކޮށްގެން ނެގިނެގިފައި ޖެހުނީވެސް ތިޔަ ބައިގަނޑެވެ. އެންމެ ފަހުން އެ އެގްރިމަންޓް ބާތިލުކޮށް 300 މިލިޔަން ޑޮލަރުގެ ބަދަލެއް ތިޔަ ބައިގަނޑާހެދި ދައުލަތަށް ދޭން ޖެއްސި ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

ރާއްޖޭގައި 99 އަހަރަށް ފަތުރުވެރިކަމަށާއި އެނޫން ބޭނުމަށް ބިން ދީފައި ހުރީ ގާނޫނީ ތަރަހައިގެ ތެރެއިންނެވެ. އެކަށީގެންވާ ބޮޑު އަދަދަކަށް ޑޮލަރު އެކުއިޒިޝަންގެ ގޮތުގައި ދައުލަތަށް ނަގާ ގެރެންޓީ ހޯދައިގެންނެވެ. އެއްވެސް ގެރެންޓީއެއް ދައުލަތަށް ނުހޯދާ ބާޓާ ސިސްޓަމަށް އަކައިންޗިއެއް ވެސް ބަޔަކަށް ދައުލަތުން ދީފައި ނުވެއެވެ. 

ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގައި ތިނަދޫ ރައްޔިތުންނަށް ވައުދުވީ ބުރިޖަކުން ކޫއްޑުއާ ތިނަދޫ ގުޅާލާށެވެ. ކުއްލިއަކަށް ވައުދު ބަދަލުވެ ތިނަދޫ ފަޅުގައި އެއަރޕޯޓެއް އަޅަން ޖެހިއްޖެއެވެ. ރިޔާސީ ވަދުވީ ނިކަން ރަނގަޅަށް ދިރާސާކޮށް ފަންނީ މައުލޫމާތާއި ފީޒިބިލިޓީގެ މައްޗަށް ކަމަށް އަނގަ ފުރާފައި ބުނެއެވެ. ހެދި ފީޒިބިލިޓީއާއި ވީއައުދު އެކޮޅުކޮޅުން ޖެހި ތިނާދޫ ފަޅަށް އެއަރޕޯޓެއް ވައްޓާލަނީއެވެ. ހަތް މިނިޓްގެ ދުރުމިނުގައި ހިނގަ ހިނގާ އޮތް އެއަރޕޯޓެއް އޮއްވައެވެ.

ހެއްވާ ކަމަކީ ދައުލަތުން ލޯލާރިއެއްވެސް ހަރަދުނުކޮށް އިންޓަރނޭޝަނަލް އެއަރޕޯޓެއް ތިނަދޫ ފަޅުގައި އެޅުމެވެ. ތެދެކެވެ. ބަޖެޓަކުން އެންމެ ލާރިއެއްވެސް ހަރަދެއް ނުކުރެއެވެ. ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑަށް ހުވަދޫ އަތޮޅުން 12 ރަށް 99 އަހަރަށް ދެނީއެވެ. ދައުލަތަށް ބައިސެންޓް ވެސް ނުހޯދައެވެ. އަދި ދައުލަތަށް ބައިސެންޓް ވެސް ލިބުމެއް ނެތް ގޮތަށެވެ. މަޖިލިސް ކެންޕޭނަށް ޑޮލަރުކޮޅެއް ޖީބަށް އަލާލަ ދިނަސް ޑީލްނިމުނީ ހަރަދު ކުރަން ޖެހޭތީ އަނބިމީހާ ވިއްކާލާ ގޮތަށެވެ.

މިހުރިއްޔަކީ ސަމާސާ ކަންކަމެއް ނޫނެވެ. ވަރަށް ސީރިޔަސް ކަންކަމެވެ. ދައުލަތް ދަވާލުމުގައި މުއިއްޒު މިގެންގުޅެނީ ދައްޔޫސީ އުކުޅެވެ. ދައްޔޫސް ހެދިގެން ގައުމު އިތުރަށް ނޮޅާކާން ބޭރު މީހުނަށް ދީގެން މުއިއްޒު އުޅެން، އުޅޭ އުޅުން ހުއްޓުވަން ޖެހެއެވެ. ގާނޫނުގެ ތެރެއިން ނުވިއްޔާ މަގުމަތިންނެވެ.  

]]>
Wed, 21 Feb 2024 16:36:50 +0500 ހީރަސްނިއުސް
އެމްޑީޕީގެ ހިކުމަތްތެރި ނިންމުމެއް! https://heerasnews.com/2276 https://heerasnews.com/2276 އެމްޑީޕީއަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފިއެވެ. ކޮން އިރަކު ކުރަންވީ ކީއްކަން ވަރަށް ރަނގަޅަށް އެމްޑީޕީއަށް އެނގެއެވެ. އެހިނދަކަށް ކުރަންވީ ކީއްކަމާއި އެކަމެއް ކުރަންވީ ކިހިނެތްކަން ވެސް އެމްޑީޕީއަށް އެނގެއެވެ. 

ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ އުފެދުނީއްސުރެ ދެމި އޮންނަނީ ވަރުގަދަ އަސާސް ތަކެއްގެ މަތީގައި އޮތް ޕާޓީއަކަށް ވާތީއެވެ. ވަކި އެކަކަށް ވުރެ އެމްޑީޕީ ބޮޑު ވީމައެވެ. ރާއްޖޭގައި ނަން ހިނގާ އެތައް ބަޔަކު އެމްޑީޕީގެ ލީޑަރޝިޕަށް އައިސް ގޮސް ވެއްޖެއެވެ. ވަކި މީހަކު ނެތުމުން ޕާޓީ ހުއްޓި ވާގިނެތިގެން ނުދެއެވެ. 

ސިޔާސީ ލީޑަރުން އުފެއްދުމުގައި ވެސް އެމްޑީޕީއަކީ މިސާލެއް ނެތް ޕާޓީއެކެވެ. ގޮފި ފެންވަރުން ރަށު ފެންވަރުން ދާއިރާ މަޖިލީހުން ގައުމީ މަޖިލީހުން ލީޑަރޝިޕަށް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އައުމުގެ ފުރުސަތު އެންމެ ފަހި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ ޑިމޮކްރެޓިކް ހަމަތައް އޮޔާލާ އަމިއްލަ ބާރުވެރިކަން އިސްކުރުމަކަށް އެމްޑީޕީގައި ޖާގައެއް ނޯވެއެވެ. އެގޮތަށް އުޅޭ ކޮންމެ މީހަކު ޖެހެނީ ބާކީވެ އެކަހެރިވާށެވެ. އެމްޑީޕީގައި ލީޑަރަކަށް ވެވެނީ ޕާޓީގެ ހައްގުގައި އެ މީހަކު ކުރާ މަސައްކަތަކުންނެވެ. ވަކި ނަސްލެއްގެ ވަކި ދަރިކޮޅެއްގެ ވަކި ރަށެއްގެ މީހަކަށް ވެގެނެއް ނޫނެވެ.

ވަކި ރަށެއްގެ ވަކި ޝާހީ އާއިލާއަކަށް ނިސްބަތް ވެގެން ވާކަމެއް ނަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ޅ. ހިންނަވަރު މީހަކު ރާއްޖޭގެ ރައީސް ކަމެއް ނުކުރީހެވެ. އައްޑު އަތޮޅު ހިތަދޫ މީހަކު މަޖިލިސް ރައީސް ކަމެއް ނުކުރާނެއެވެ. އަނެއް ކޮޅުން އެމްޑީޕީ ސަރުކާރަށް ނިސްބަތްވާ މީހަކު އދ މަޖިލީހުގެ ރައީސް ކަމެއްވެސް ނުކުރީހެވެ. އެ ހުރިހާ ކަމަކުންވެސް ސާބިތު ކޮށްދެނީ އެމްޑީޕީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ މިންވަރެވެ.

އެމްޑީޕީން ސިޔާސީ ނިންމުމެއް ނިންމަނީ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލާފައެވެ. ތަޖުރިބާގެ އަލީގައެވެ. ސިޔާސީގޮތުން އެމްޑީޕީ ނުކުރާ ތަޖުރިބާއެއް ރާއްޖޭގެ އެހެން އެއްވެސް ޕާޓީއަކަށް ކުރެވިފައެއް ނުވާނެއެވެ. ޕެޕަރ ސްޕްރޭއާއި ޖަލުގޮޅިއެވެ. ކޯލިޝަންވެރިކަމުގެ ހިތިކަމާއި ޕާޓީ ބަދަލު ކުރުމެވެ. މަޖިލީހުގެ މެޖޯރިޓީ ނެތުމާއި ބަގާވާތުން ވެރިކަން ވެއްޓުމެވެ. ވަރުބަލި ކަމެއްނެތި މުޒާހަރާ ކުރުމާއި ލީޑަރުން ޕާޓީ ދޫކޮށް ދިއުމެވެ. ޕާޓީގެ ތެރެއިން ޕާޓީތައް އުފެދި އެ ޕާޓީތައް ހުލިވުމެވެ. ވެރިކަމުގެ ކޯލިޝަން ދެމެހެއްޓުމާއި އެތެރޭގެ އިންތިހާބީ ކޯޅުމެވެ. ވެރިކަން ލިބުމާއި ވެރިކަން ގެއްލުމެވެ. 

އެމްޑީޕީގެ ތާރީހުގައި މިއަދަކީވެސް ފާހަގކޮށްލެވޭ ހަރުދަނާ ނިންމުމެއް ނިމިގެންދިޔަ ދުވަހެކެވެ. ޕާޓީން ހުސްވެފައިވާ ޕާޓީގެ އެންމެ އިސް މަގާމަށް އިންތިހާބަކާ ނުލާ ބޭފުޅަކު ހަމަޖެހިގެން ދިޔަ ދުވަހެވެ. ރައީސް ކަމުގެ މަގާމަށް ވާދަކުރާ އެހެން މީހަކު ނެތުމުން ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތީން އޮނަރަބަލް އަބްދުއްލާ ޝާހިދު ރައީސް ކަމަށް އެކަށައެޅުނު ދުވަހެވެ. 

އޮނަރަބަލް ޝާހިދަށް ލިބިވަޑައިގެން ރައީސް ކަމަކީ ތަބަކަށްލާފައި ދިން އެއްޗެއް ނޫނެވެ. އޮނަރަބަލް ޝާހިދާ މީހަކު ވާދަ ނުކުރީ އެކަން ކުރެވޭވަރުގެ މީހަކު ނެތިގެނެއް ވެސް ނޫނެވެ. އެހެން އެކަން ނިންމުމުގައި ގިނަގުނަ ސަބަބުތަކެއް ވެއެވެ. އެގޮތުން ކުރިމަތީގައި އޮތް ގައުމީ ބޮޑު އިންތިހާބު އެމްޑީޕީއަށް ގެއްލި ދާނެ ގޮތަކަށް ޕާޓީގެ ތެރޭގައި ގަދަ ހިފުމަކަށް ދާއްކަށް އެމްޑީޕީ ބޭނުން ނުވުން ހިމެނެއެވެ.

އެމްޑީޕީގެ ރައީސްކަމަށް އޮނަރަބަލް ޝާހިދު ފަދަ ކުޅަދާނަ ގާބިލު ތަޖުރިބާކާރު ބޭފުޅަކު ކުރިމަތިލައްވާފައި ވަނިކޮށް އެތެރޭގެ ގަދަ ހިފުމަކަށް ދިޔުމަކަށް އެމްޑީޕީ މެންބަރުން ބޭނުމެއް ނުވެއެވެ. ހިފާ ގަދަ ހިފުމަކުން ޕާޓީއަށް ލޮޅުން އެރުވުމަށްވުރެ ޕާޓީއަށް ހުރިހާ ގޮތަކުންވެސް މިވަގުތު އެންމެ ފައިދާ ބޮޑީ އެގޮތެވެ. ބައިލައްކައަށް ވުރެ ގިނަ މެންބަރުން ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ޕާޓީން އެކަން ނިންމީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް މެންބަރުންގެ ހިތާ ރޫހުންނެވެ.  ގައުމީ މަސްލަހަތާއި ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެގެންނެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ ހިތަކީ ރައީސް ސޯލިހޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ރައީސް ސޯލިހުގެ ބައިވެރިވުންނެތް އެއްވެސް ސިޔާސީ ނިންމުމެއް އެމްޑީޕީގެ މުޅި ތާރީހުގައި ނެތުމަކީ ރައީސް ސޯލިހަކީ އެމްޑީޕީގެ ހިތޭ ބުނަންޖެހޭ ސަބަބެވެ. ޕީޖީ ލީޑަރުގެ ގޮތުންނާއި އިސްލީޑަރުގެ ގޮތުންނާއި ވަގުތީ ރައީސްގެ ގޮތުން، ރައީސް ސޯލިހު އެމްޑީޕީއަށް ކޮށްދެއްވި ހިދުމަތަށް ފަށްފަށުން ޝުކުރުވެރިވަމެވެ. މުޝްތަޝާރެއްގެ ގޮތުގައި އަބަދުމެ އެމްޑީޕީއާއި އެކު ހުންނަވާނެކަމާ މެދަކު ޝައްކެއް ނުކުރެވެއެވެ. 

އޮނަރަބަލް ޝާހިދުގެ ލީޑަރޝިޕްގައި އެމްޑީޕީއަށާއި ރާއްޖެއަށް އުފާ ފާގަތިކަން ލިބިގެން ދިއުމަކީ ކުރެވޭ ދުއާއެވެ. އޮތް ހެޔޮ ނިޔަތެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުމަކީ އޮނަރަބަލް ޝާހިދުގެ މޭސްތިރި ކަމުގައި ކުރެވިގެން ދާނެ އެންމެ ކާމިޔާބު މަސައްކަތަށް އިރާދަފުޅުން ވެގެން ދާނެ ކަމަށް ޔަގީންކުރެވެއެވެ. ހީރަސް ނިއުސް ޓީމުން އެމްޑީޕީގެ އައު ރައީސަށް ތަހުނިޔާ އަރިސްކުރަމެވެ. މަރުހަބާ! އެމްޑީޕީގެ ރައީސް ޝާހިދު!

]]>
Tue, 20 Feb 2024 20:39:51 +0500 ހީރަސްނިއުސް
ކިރާމަހަށް އަގުނުދީ ލިބޭ ފައިސާއަށް ހަދަނީ ކިހިނެތް! https://heerasnews.com/2272 https://heerasnews.com/2272 މަސްވެރިންގެ އަތުން މިފްކޯއަށް ގަތްމަހަށް އެންމެ ފަހުން ފައިސާ ލިބިފައިވަނީ ހުސްވިއަހަރުގެ ނޮވެންބަރ 17 ގެ ކުރިން ކަމަށް މަސްވެރިން މައުލޫމާތުދެއެވެ. އޭގެ މާނައަކީ ރައީސް މުއިއްޒު ވެރިކަމާ ހަވާލު ވީއްސުރެ މަސްވެރިންނަށް މަހުގެ އަގުދީފައެއް ނުވެއެވެ. މުއިއްޒު ސަރުކާރަށް ވީފަހުން ބައެއް މަސްވެރިންނަށް ކޮންމެވެސް ވަރަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ކަން ކޮންމެ ހެނެއް އޮތަސް މަސް ކިރުވުމަށްފަހު ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ނުދީ އޮތްކަމާމެދު ބަހުސެއް ނެތެވެ. މަސްވެރިންނަށް އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭތާ ދެ މަސް ދުވަހަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މަސްވެރި އާއިލާތައް ހާލުގައިޖެހި ކެތް ނުކުރެވިގެން މުޒާހަރާއަށް މިހާރު އެއޮތީ ނިކުމެއެވެ.

މަސްވެރިން އެދިގޮވަނީ ލަސްނުކޮށް ސަރުކާރުން ކިރުވާފައިވާ މަހަށް އަގު ދިނުމަށެވެ. މަސްވެރިކަމާ ބެހޭ މިނިސްޓަރު ޝިޔާމް އެދެނީ ވަގުތު ކޮޅަކަށެވެ. މަސްވެެރި އާއިލާތަކަށް ނިކަމެތިކަމެއް ނާންނާނެކަށް ބުނަމުން މިނިސްޓަރ ޝިޔާމު އެދެނީ "ހަމަ ކުޑަ ވަގުތުކޮޅެއް" މަސްވެރިން ދިނުމަށެވެ. އަންނަ މަހުގެ ފަހަކާއި ހަމައަށް ވަގުތު ދިނުމަށެވެ. އެހެންނަމަވެސް މަސްވެރިން ތިބީ ސަރުކާރުގެ ބަހަށް ހެއްލި އިތުބާރު ކުރާގޮތަކަށް ނޫނެވެ. މަސްވެރިން ބުނަނީ ވަގުތު ދެވިއްޖެ ކަމަށެވެ. މާރޗް 5 އަންނަންދެން މަޑުނުކޮށް މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރުމަށް މަސްވެރިން ބުނެއެވެ.

މަސްވެރިން މުޒާހަރާ ކުރަނީ މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިޔަން ރުފިޔާ ނުދީ ލަސްވާތީއެވެ. މަސްވެރިން ކުރި ހަލާލު މަސައްކަތަށް ލިބެންޖެހޭ ފައިސާ ނުލިބިގެންނެވެ. މަސްވެރިން ދަރާވިކި ކާބޯތަކެތި ނުލިބި ފެނާއި ކަރަންޓް ނުލިބޭ ހިސާބަށް މަސްވެރި އާއިލާތަކުގެ ހާލަތު ދަށަށް ދިޔުމުންނެވެ. މަސްވެރިން މުޒާހަރާ ކުރަނީ އެ މީހުންގެ ހައްގު ހަލާލު އެއްޗެއް ހޯދާށެވެ. ސަރުކާރުގެ ހެޔޮފުޅު ކަމުން ދޭއެއްޗެއް ނުދީގެނެއް ނޫނެވެ. 

ދިވެހިރައްޖޭގެ ބޭންކުތަކާއި ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއާ އެކީގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް ވަޒީރު ބުނީމާ އުފެދޭ ސުވާލު ވަރަށްވެސް ބޮޑެވެ. މާރޗް 5 ގެކުރިން ފައިސާ ދައްކާ ނިންމާނެ ކަމަށް މިނިސްޓަރަށް ބުނަން ކެރެނީ އެހެން ވެގެން ކަމަށް މިނިސްޓަރު ބުނީމާ ހައިރާންވެއެވެ. 

މަސްވެރިން އަތުން ސަރުކާރަށް ކިރުވި ހުރިހާ މަހަކަށް ހެދީ ކިހިނެއް ހެއްޔެވެ. އެހުރިހާ މަހުން އެންމެ ޓަނެއްގެ މަސް ވެސް ނުވިކެނީ ހެއްޔެވެ. މަސްވެރިންގެ އަތުން ކިރިމަހަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ސަރުކާރުން އެހުރިހާ މަސްވިއްކައިގެން ހޯދިހާ ފައިސާއަށް ހެދީ ކިހިނެއް ހެއްޔެވެ. މަސް ވިއްކައިގެން ހޯދި ފައިސާއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އެފައިސާ ހަރަދުކުރީ ކޮންކަމަކަށް ކީއްވެހެއްޔެވެ. ހައްތަހާވެސް ސުވާލެވެ.

މަސްވެރިން ކިރުވި މަސް ވިއްކައިގެން އެއްވެސް ފައިސާއެއް ނުލިބި މަސްތައް ގުދަން ކުރެވިފައި ހުރީހެއްޔެވެ. ދުނިޔޭގެ ބާޒާރަށް މަސްތައް ގެންދިޔުމަށް އަރުވައިގެން ދިޔަ ބޯޓުތައް ފެތުނީ ހެއްޔެވެ. ނޫނީ ކަނޑުފޭރޭ ބަޔަކު ފޭރުނީ ހެއްޔެވެ. ވައިގެމަގުން އުފުލަނިކޮށް ބޯޓުތައް ވެއްޓުނީހެއްޔެވެ. ނޫނީ މަސްވިއްކައިގެން ލިބުނުހާ ފައިސާ ދައުލަތުން ބަޔަކު ދަވާލީހެއްޔެވެ. މަސްވެރިން ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ސަރުކާރުން ރާވައިގެން ޓަކައިގަތީ ތާއެވެ. މަސް ކިރުވާހެން އޭގެ އަގުދޭން ޖެހޭނެކަން ސަރުކާރަށް ނޭނގެނީތާއެވެ.

މަސްވެރިން މިފްކޯއަށް މަސްކިރަނީ ހިލޭ ސާބަހަކަށް ނޫނެވެ. މަސްވެރިން ސަރުކާރަށް ކިރާމަސް ވިއްކައިގެން ސަރުކާރަށް މަހުގެ އަގު ލިބޭނެއެވެ. މަސްވިއްކައިގެން ލިބޭ ފައިސާ ސަރުކާރުގައި ނެތިގެން އުޅުމަކީ ސީރިއަސް މައްސަލައެކެވެ. މަސްވެރިން ކިރާމަހަށް އަގުދޭން މަސްވިސްކައިގެން ލިބޭ ފައިސާ ހުންނާނެއެވެ. އެ ފައިސާ ނެތިގެން ދިވެހިރައްޖޭގެ ބޭންކުތަކާއި ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއާ އެކީގައި ޝިޔާމް ކުރަން އޮތީ ކޮން މަސައްކަތެއް ހެއްޔެވެ. 

]]>
Mon, 19 Feb 2024 15:09:37 +0500 ހީރަސްނިއުސް
ކުރިއަށް އޮތީ ދުވަސް ނުފުރާ ބައިގެންދިޔުން؟! https://heerasnews.com/2271 https://heerasnews.com/2271 ވެރިކަމެއްގެ މިހާ ކުރީކޮޅު ރައްޔިތުންގެ އުންމީދު ކެނޑުނު ސަރުކާރެއް މިނޫނީ ދިވެހިން ނުދެކެއެވެ. ވޯޓުދިން ގިނަ މީހުންނާއި ވޯޓުނުދިން އެންމެންހެން ތިބީ މާޔޫސްވެ ގޮތް ހުސްވެފައެވެ. ހަމައެހެން މުއިއްޒު ސަރުކާރުން ސިޔާސީ މަގާމު ލިބުނު ގިނަ މީހުން ވެސް ތިބީ ވާނުވާގައެވެ. ހާސްކަމާ ކަންބޮޑުވުމުގައެވެ. ސިޔާސީ މަގާމު ހޯދުނު މޮޔަ ހީވެގެން އުޅޭ ކިތަންމެ ބަޔަކު އެބައުޅެއެވެ. އެމީހުންވެސް ރަނގަޅު މުސާރައެއް ލިބޭތީ މަޑުކޮށްލައިގެން ވާނުވާގައި ތިބީއެވެ.

އެކަމަކު ހަފްތާ 14ގެ ވައުދުތައް ފުއްދިގެން ސަރުކާރުގެ ވެރިން އުފަލުން ފޮޅެނީއެވެ. ނަށާ ލަވަކިޔަނީއެވެ. ރައްޔިތަކަށް ހިލަމެއްނުވެއެވެ. ބަދަލެއްގެ ހެޔޮ އުހުސާސެއް އާއްމު ރައްޔިތަކަށް ނުކުރެވެއެވެ. ވާނީ އެހެންތާއެވެ. ހަފްތާގައި ހުރީ ފަށާނަން ފަށަނަން ކުރާނަން ކުރާނަން ކަމުގެ ވައުދެވެ. ކުރިންނެއް މިނިސްޓްރީތަކެއް އުފައްދާ އެތަންތަނާ މަސައްކަތް ހަވާލު ކުރުންވެސް ވީ ފުދުނު ފިސާރި ބޮޑު ވައުދަކަށެވެ. އިންޑިެާ ސިފައިން ބޭލުމުގެ ވާހަކަ ދައްކާ ލެވުމަކީ ސިފައިން ބޭލުމުގެ ވައުދު ފުދުމެވެ. ނަތީޖާއެއް ނެރެދެވޭ ރައްޔިތަކަށް ލުޔެއް ލިބޭ ކަމެއް ހަފްތާ ސާދައަކުން ނުފުދުނެވެ. އެކަމަކު ވައުދުތައް ފުދި ނިމިއްޖެއެވެ.

ގިބަޔކު އެބަބުނެއެވެ. މިއީ ކޮންކަހަލަ ވެރިކަމެއްހެއްޔެވެ. ރައްޔިތުން ގަނަ ނުތަޅުވާ ވަކިކަމެއް ނެތެވެ. ފުވައްމުލަކާއި ދުވާފަރުގައި ރޮއެހޭރުނީ ކަރަންޓު ނުލިބިގެންނެވެ. އައްޑުއާއި ނައިފަރުގައި ފެން ނުލިބުމުގެ މައްސަލައެވެ. މާލޭއިން އިރުއިރުކޮޅުން ކަރަންޓް ކެނޑެއެވެ.

މަސްވެރިން އުޅެނީ ކިރިމަހަށް ފައިސާ ނުލިބިގެންނެވެ. މާލޭގައި އެއްޔަކު އުޅެނީ ފުލެޓުވެރިންގެ ފުލެޓު ފޭރިގެންނެވެ. ބިންވެރިންގެ ބިންތައް ފޭރި ގަނެގެންނެވެ. ފަށާފައި ހުރި މަސައްކަތްތައް ނުނިމިގެން ރަށްރަށު މީހުން ތިބީ ރަތަށް އަރާފައެވެ. ތައުލީމީ އަހަރު ކުރުކޮށްލައިގެން ބެލެނިވެރިން ތިބީ ކޮށިއަރާފައެވެ. އާސަންދަ ނުލިބިގެން އަނެއްބަޔަކު މަރަށް ތެޅެނީއެވެ. 

ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ތިބީ މުދާ ނުގެނެވިފައެވެ. ރަށްރަށުގެ ވަޒީފާތަކުން ނިކަމެތިން ކެނޑުމާ ސަސްޕެންޑް ކުރަމުން ސިޔާސީ މަގާމް ތަކަށް މީހުން އިސްކޮށް ބަރާ ކުރަނީއެވެ. ނޫސްތައް ބްލޮކްކޮށް ފިޔަވަޅު އަޅަނީއެވެ. ރިސޯޓްތަކަށް ބޭރުން މުއައްޒަފުން ގެނެސް ދިވެހިން ބާކީ ކޮށްލަނީއެވެ. ދެލައްކަ އެއްހާ ބަންގާޅީން ރާއްޖޭގައި އުޅޭ އިރު ލައްކަ ހަމަނުވާކަމަށް ހަދައިގެން ބަންގާޅީން އެތެރެކޮށް ވަގުފާރި ފުޅާކުރަނީއެވެ. ހަށިވިއްކުން ފަތުއަޑުކިޔާފައެވެ.

ހާމަ ކުރާން ބުނި އެގްރިމަންޓްތައް ބޮޑު ފޮއްޓަށްލާ ސިއްރު ކުރަނީއެވެ. ބަދަލު ދިނުމުގެ އުސޫލު އޮވާލާ މިލިއަނުން ގާސިމު މެނަށް ބަދަލު ދެނީއެވެ. ސިފައިނާއި ފުލުހުންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުން އޮތީ އިބިލީހު ކައިވެންޏަށް ވެފައެވެ. އަންހެނުން ބާރުކުރުވަން ވެގެން މަޖިލީހަށް ވާދަކުރަން ޓިކެޓް ދިނީ ދެ އަންހެނުންނަށެވެ. މިހެން ކިޔާ ކޮޅުން ލާކަށް ނެތެވެ. އެންމެ ފަހުން ވެރިކަމަށް ފަސްމަސް ނުވަނީސް ބައިގެންދާން ތައްޔާރުވަނީއެވެ. ގައުމު ބަޑަށް ޖެހުމުގެ ރަގަބީލުގެ އަޑުން ގުގުމަނީއެވެ.  

ހަމަތެދެކެވެ. މުއިއްޒު ވެރިކަމަށް ގެންނަން ވޯޓުދިން ގިނަ މީހުން ތިބީ ވޯޓު ދެވުނު މޮޔަ ހީވެފައެވެ. އުންމީދުކުރި އެއްކަމެއްވެސް ނުވާތީއެވެ. ހެދިހާ ދޮގު ގަބޫލު ކުރެވިގެން ވޯޓު ދެވުނީތީ ހިތާމަކުރާ މީހުން މަދެއް ނޫނެވެ. ގެނެވުނު ބަދަލާމެދު ގިނަ ރައްޔިތުންގެ މާޔޫސްކަން އިންތިހާއެވެ. ކޮންމެހެނެއް ވިޔަސް ދޮގާވަގާ މަކަރުން މުއިއްޒު ވަނީ ވެރިކަން ހޯދާފައެވެ. ކުރިއަށް އޮތީ ދުވަސްނުފުރާ ބައިގެންދިޔުމެވެ. 

]]>
Mon, 19 Feb 2024 05:33:36 +0500 ހީރަސްނިއުސް
މުއިއްޒުގެ ވެރިކަމަށް ގުރުބާންކުރާ ގުރުބާން ކަންބަޅި! https://heerasnews.com/2270 https://heerasnews.com/2270 މުއިއްޒު ވެރިކަމަށް އައުމަށް ގުރުބާން ކުރީ ބިޔަ ބޮޑު ޕީޕީއެމާއި ރައީސް ޔާމީނެވެ. މިނިވަން ކުރަން ނިކުތް ރައީސް ޔާމީނުގެ ކިބައިން މިނިވަންކުރީ ޕީޕީއެމެވެ. ޕިޕީއެމުގެ އަތްދަށުން މިނިވަން ކުރީ ރާއްޖޭގެ ރިޔާސަތެވެ. ރިޔާސަތުގައި ޕީޕީއެމަށް ނިސްބަތްވާ މީހަކު ނެތެވެ. ރައިސް މުއިއްޒުގެ މިނިވަން ކުރުންގަނޑު ކިހާ ފައްކާ ހެއްޔެވެ.

ރައީސް މުއިއްޒު މިހާރު ފައިވިއްދާފައި އެހުރީ ޕީޕީއެމްގެ ކިބައިން ރައްޔިތުންގެ މަޖިލިސް މިނިވަން ކުރާށެވެ. ދެ ނައިބު ރައީސުންނާއި ކައުންސިލް (ސެނެޓް) ހިސޯރު ކޮށްގެން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕިއެމުން ވާދަ ކުރިޔަ ނުދީ ޕީޕީއެމްގެ ކިބައިން މަޖިލިސް މިނިވަން ކުރަނީއެވެ.

މަޖިލީހުގެ ގޮނޑިތަކަށް މުއިއްޒުގެ މީހުން ހޮވުމަށް ޕީޕީއެމްގެ ބޮޑު އާބާދީ ބޭނުން ކުރަނީ ޕީޕީއެމް މެންބަރުންނަށް އެ މީހުންގެ ނަމުގައި މެންބަރަކު ވާދަކުރާނެ އެއްވެސް ފުރުސަތެއް ނުދިއެވެ. މުއިއްޒު މަޖިލީހުގެ ގޮނޑިތައް ހޯދަން ވޯޓު ހޯދާށާއި ބަޖެޓުން ސިޔާސީ ޕާޓީ ތަކަށްދޭ ފައިސާ ހޯދަން އޮތް ކިރުފެލާ ގެރިއަކަށް ބޮޑު ބިޔަ ޕީޕީއެމް ވަނީ ކޮން މަސްބުރިއަކަށް ހަދާފައެވެ. 

ޕްރޮގްރަސިވް ކޯލިޝަނުން މަޖިލީހަށް ކުރިމަތިލުމަށް ޕީޕީއެމަށް ފުރުސަތު ނުދީ ކޯލިޝަނުން ވާދަކުރާ އެންމެންނަކީ ޕީއެންސީ ކެންޑިޑޭޓުންނަށް ހެދިއެވެ. މަޖިލިސް ޕްރައިމަރީ އޮތީ ދެޕާޓީ އެއްކޮށް ޕީއެންސީގެ ޓިކެޓް ދޭށެވެ. ކަންކަން ވާގޮތް ދެކޭށެވެ.

ޕްރައިމަރީގައި ޕީއެންސީ ޓިކެޓް ލިބުނު އެންމެންނަކީ މުއިއްޒުގެ މީހުންނަކަށް ނުވެއެވެ. ޕީއެންސީ ޓިކެޓް ލިބުނު ޕީޕީއެމް ގިނަ މީހުންނަކީ ރައީސް ޔާމީނުގެ ވަފާތެރިން ކަމުގެ ތުހުމަތު މުއިއްޒަށް ކުރެވުނީއެވެ. ދެނަކާ ދެނެއް ނެތެވެ.

ޕީއެންސީ ޓިކެޓް ލިބުނު ގިނަ މީހުންނާ ދެކޮޅަށް ގިނަ ދާއިރާތަކަށް މުއިއްޒު ވަނީ އޭނާގެ މީހުން ނެރެފައެވެ. ގިނަ ދާއިރާ ތަކަށް އަދުރޭގެ މީހަކާއި މުއިއްޒު މީހަކާއި މެޑަމްގެ މީހަކު އަމިއްލަ ގޮތުން ނެރެފައި ތިބިކަމަށް މީހުން ގަބޫލު ކުރެއެވެ. ކޯލިޝަނުގެ ފަރާތުން ޕީއެންސީގެ ޓިކެޓްގައި މީހަކު ނެރެފައި ހުއްޓާ މުއިއްޒުގެ މީހުންނާއި އަދުރޭގެ މީހުންނާ މެޑަމްގެ މީހުން ނެރުމުގައި ހުރި ސިޔާސީ ވިސްނުމުގެ ހޮޅިކަން ސާފެވެ.

ކިރިޔާވެސް ޕީޕީއެމަށް ނިސްބަތްވާ މީހަކު މަޖިލީހަށް ވަނަ ނުދިނުމަކީ މުއިއްޒުގެ ބޭނުމެވެ. ޕީޕީއެމް މީހުންނަކީ ރައީސް ޔާމީނުގެ މީހުން ކަމަށް ބަލައިގެން ކޮންމެ ދާއިރާއަކަށް މުއިއްޒުގެ މީހުންގެ ނަމުގައި މީހުން ނެރެގެން ގަނޑުކޮށް އޮތް ޕްރޮގްރަސިވް ކޯލިޝަން ވަނީ މުޅިން ރޫޅާލާފައެވެ. ގަނޑު ރޫޅުނަސް މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރިޔަ ނުދިނުން ނޫން އެހެން އެއްވެސް ބޭނުމެއް ހަގީގަތުގައި މުއިއްޒުގެ ނެތެވެ. 

ނަތީޖާއެއްގެ ގޮތުން ވެރިކަން ބަދަލު ކުރެވިއްޖެ ކަމުގެ އުފާ ލިބިގަންނަން އޮތް ޕްރޮގްރަސިވް ކޯލިޝަނުގެ ތެރެއިން ފެންނަނީ ނާމާންކަމާއި ދެކޮޅުވެރިކާމާއި އުންމީދު ކެނޑުމެވެ. ބައިބައިވުމެވެ. މަގުމަތީގައި ފަސްއަހރު ގުރުބާންވީ މީހުން ބާކީވެ ލޯނުދެކޭ ބައެއްގެ ގޮނޑިކޮއްކޮ އަކަށް މުއިއްޒުވެގެން ދުޔަތަނެވެ. މުއިއްޒުގެ "ވާނެ ވާނެ" އަކީ ނުވާނެ ކަމުގެ ދަލީލެއް ކަމަށް އެންމެން ވެސް ގަބޫލު ކޮށްފިއެވެ. މުއިއްޒަށް ޕީޕީއެމުން ކުރި އުންމީދާ އިތުބާރު ގެއްލިއްޖެއެވެ.

]]>
Sun, 18 Feb 2024 17:30:12 +0500 ހީރަސްނިއުސް
ރިޕަބްލިކް އޮފް ބަނގުރޫޓްގެ އޭމިހިރަ ދިދައާއެވެ! https://heerasnews.com/2265 https://heerasnews.com/2265 2 ހާސް އަހަރުވީ ދޮށީ ދިވެހިރާއްޖެއަށް ދުވަހަކު ނުވާ ދެރަގޮތްވެ، ފަގީރު ކަމާއި ނިކަމެތި ކަމާ އަތްމަތި ދަތިވެ ރައްޔިތުން ބަނޑަށް ޖެހުމުގެ އިންޒާރުގެ ބަރުގޮނުގެ ނާމާން އަޑު އިވޭނީ އެހި މީހަކަށެވެ. 

ތިމާ ނިސްބަތްވާ ސިޔާސީ ޕާޓީއަކީ އުޅޭ ދީނަށްވުރެ މުގައްދަސް އެއްޗަކަށް ހަދައިގެން ޖެހުނު ކޮންމެ މީހަކާ ކޯފުރާ ޒުވާބުކުރާ މީހުން ކޮންމެ ރަށެއްގައި ވެސް އުޅެއެވެ. ތިމާ ނިސްބަތްވާ ޕާޓީން ކޮންމެތާކު ހުރި ކޮންމެ ފަދަ މީހަކު ކެންޑިޑޭޓަކަށް ނެރުނަސް އެމީހާ ދައްކާ ހުރިހާ ވާހަކައާއި އެނގިހުރެ ހަދާ ބޮޑެތި ދޮގަކީ ތެދު ކަމަށް ހަދައިގެން ނުކުމެ ރަށުތެރޭގައި ވައްވައް ޖަހާތާ ލައްކަ ދުވަހެވެ.  

އަމިއްލަ ސިކުނޑި ގޭގައި ބާއްވާފައި ނުކުމެ އުޅޭއިރު ތިމާގެ ވިސްނުމަކީ ވެސް ބަހަކީ ވެސް ހީލަތްތެރި ސިޔާސީން ނެރޭ މަކަރުވެރި ވިސްނުމެވެ. ކަންބަޅި އައިނެއްގެ ކުރީގައި އޮންނަ ކަންބަޅި އެޅިހާ މަގަކުން އަޅަމުން ގޮސް ކަނޑަށް އެރި ގެނބި މަރުވާން ވިޔަސް އެސޮރުމެނަށް ވަރިހަމައެވެ. އެވަރުގެ ބުއްދިނެތް ނަޢަމް ސޫފި ތަކަކަށް ވެގެން ދިވެހިންގެ ބަޔަކު އުޅެގަތް ގަތީނުން އާޚިރުގައި މުޅިރައްޔިތުން މިތިބީ "ކަނޑުވާ" ހިސާބުގައެވެ. މިބަޔަކާ ހެދި ޖެހޭ މުޞީބާތާއި ވާދައްޗާއި ތުރާ ތަހަންމަލު ކުރަން ޖެހޭނީ އާޚިރުގައި ހުރިހާ ރައްޔިތުންނެވެ.

މަގޫފަތްކޭ ކަމަށް ބުނާ ބޮޑު ތަދުގެ ފަހުން ދުނިޔެއާ ކުރިމަތިވި އެންމެ ބޮޑު މުޞީބާތަކީ ކޮވިޑް 19ގެ ޢާލަމީ ބަލިމަޑު ކަމެވެ. ރައީސް އިބޫގެ 5 އަހަރުގެ ދައުރުން 3 އަހަރު އެދަތީގައި އުޅެން ޖެހުނު އިރުވެސް މީހެއްގެ މުސާރައިން ލޯލާރިއެއްވެސް އުންޏެއް ނުކުރެއެވެ. ފެންބިލާ ކަރަންޓް ބިލު ނުދެއްކި ހުރި މީހަކު ނެތެވެ. ބޭސް ފަރުވާ އާއި ކާޑާއި ތެލަށް ކުޑަވެސް ބުރުލެއް ނާރައެވެ. ނުވިތާކަށް އަމިއްލަ މީހުންގެ ވަޒީފާއިން ވަކި ކުރި އެންމެނަށް ސަރުކާރުން އެލަވެންސް ދިނެވެ.  

ދައުލަތުގެ އާމްދަނީ އެއްކޮށް ހުއްޓުނުއިރުވެސް ރައްޔިތުންގެ ޖީބަށް ހުރީ ވަދެވަދެއެވެ. ނުވިތާކަށް ދުވަހަކު ނުހިންގާ ވަރުގެ ބޮޑެތި ޕްރޮޖެކްޓް ހުރިހާ ރަށެއްގައި ހުއްޓުމެއްނެތި ހިންގިއެވެ. އެއަރޕޯރޓްތަކާއި ކަރަންޓާއި މަގާއި ބަނދަރާއި ފެނާ ނަރުދަމާ އާއި ހައިސްޕީޑް އަގުހެޔޮ ފެރީ ނިޒާމެވެ. އެހެން ނަމަވެސް ދިވެހިންނަކަށް އެވަރަކުން ނުފުދުނެވެ. ހިތެއް ނުފުރުނެވެ އަދި ކެތެއް ނުމެ ކުރެވުނުވެސް މެއެވެ. 

އުޑުން މަންނައާއި ސަލްވާ ބާވާ ލެއްވީމާ އެގޮތް ކަމުނުދިޔަ މީހުންގެ ދަރިފަސްކޮޅު މިހާރު އެތިބީ އިޒްރޭލުގައެވެ. އެކަމަކު ދިވެހިން ތިބީ ފަލަސްތީނާ އެކުގައި ކަމަށް ނިކަން ބާރަށް ގޮވާ އަޑު އިވެއެވެ.

ހައްދުފަހަނަ އެޅި ހީލަތްތެރި ކަމުން ފުރިގެންވ ގައުމިއްޔަތުގެ ނާމާން ބެރަށް ހެއްލުނު މީހުން ކޮބާ ހެެއްޔެވެ؟ އިސްލާމް ދީން ދެކެ ލޯބިވުމަކީ ވާޖިބެކެވެ. އެކަމަކު ބުނެ ބަލާށެވެ. އެދީނަށް ހިތުގައި ނެތް ލޯތްބެއް އޮތްކަމަށް ބޭރުފުށުން ދައްކައިގެން ރައްޔިތުން ވާވެއްދުމަށްވުރެ ނުބައި ކަމެއް އޮވޭ ހެއްޔެވެ؟ ހެއްދެވި ފަރާތަށް ބިރު ނުގަންނަކަމޭ ހިތަށް އަރައެވެ.

ގައުމިއްޔަތާ ދީނަށް އޮތްކަމަށް ސަރުކާރުން ދައްކާ ކެހިވެރި ގިރިޓީ ލޯބިން ބަނޑުފުރި އަސް އެއަކުން ހައިހޫނު ކަމެއް ނުފިލާނެއެވެ. އެދީފައި ޑޮލަރެއް ނުގަނެވޭނެއެވެ. ގައުމިއްޔަތު ކައިގެން މުސާރަ ކުޑަވެ، ވަޒީފާ ނުލިބި ސަބްސިޑީތައް ހުއްޓުނީމާ އޯކޭއެއް ނޫނެވެ. ކެހިވެރިންގެ ދަލުގައި ބެދުނީމާ އާމްދަނީ އިތުރު ނުވެ އަތްފައި ބަނދެވި އަތްމަތި ދަތިވުން ނޫން ކަމެއް ނުވާނެއެވެ.

އަދި ކިރިޔާ މިސަރުކާރަށް މިވަނީ 3 މަހެވެ. ކުރިމަތީގައި ވަނީ ނާމާން ބިރުވެރި ދަތިހާލުގެ އަނދިރި ކަމެވެ. 2 ހާހަށްވުރެ ގިނަ އިންޑިއާ ސިފައިންނާއި، ހުސްގޮނޑިއެއް ދައްކައިގެން ދިން ބޮނޑީގެ ދިލަ އަދި ކިރިޔާ މިފެށެނީއެވެ.

އަމިއްލައަށް ލިބިގަތް މިޒަަހަރު ދިވެހިން މިފަހަރު ވާނީ ރަނގަޅަށް ބޯށެވެ. މަޖިލިސް އިންތިޚާބަށް އެ މީހުން ހަދާ ހުރިހާ ދޮގު ވާނީ ގަބޫލު ކުރާށެވެ. މުއިއްޒު ކެންޑިޑޭޓް ނޫނީ ސާޖިދާ ކެންޑިޑޭޓް ނުވަތަ އަދުރޭ ކެންޑިޑޭޓަށް ވޯޓު ނުދެންޏާ ޕީއެންސީ ޓިކެޓްގައި ހުރި މީހާއަށް ވޯޓުދީގެން މަޖިލިސް ވެސް ވާނީ ސަރުކާރަށް ދޭށެވެ. 

ނިންމާލަމުން ބުނަމެވެ. ވެރިކަމަކީ ބޯހަރުކަމާއި ބޮޑާކަމާއި ރުންކުރުކަމާއި ގޮތްދޫނުކުރުމެއް ނޫނެވެ. ވެރިކަމަކީ ކެތްތެރިކަމާއި އޯގާތެރިކަމާއި ގޮތްދޫކުރުމާއި އަނެކުންނާ އެކު އޮންނަ ގުޅުމާ ގާތް ކަމެވެ. ޙިކުމަތްނެތަމަ ވެރިކަމެއް ނުވާނެއެވެ.

]]>
Fri, 16 Feb 2024 15:00:35 +0500 ހީރަސްނިއުސް
އިންވެސްޓް ފޯރަމްގައި މަދީ އަތްބަޅޭ&ކަޑަ https://heerasnews.com/2262 https://heerasnews.com/2262 ވަރަށް ބޮޑު ތެދެކެވެ. ޔޫއޭއީގައި މުއިއްޒު ބޭއްވި އިންވެސްޓް ފޯރަމުގައި މަދީ އަތްބަޅޭ ކަޑައެވެ. އަތްބަޅޭ ކަޑައިން އަބަދުވެސް މަސްބުރި ރިހަޔާ ރޮއްޓާ ލިބެން ހުރެއެވެ. އަތްބަޅޭ ކަޑަ މެދުނުކެޑި ހިދުމަތުގައި މާލޭގައި އެބަހުރެވެ. އަތްބަޅޭ ކަނޑައިން ކައި ބަނޑު ސިކާރަކޮށްލާ މީހުން މާލޭގައި ލައްކަ ގިނައެވެ. އަތްބަޅޭކަނޑަ ފޯރަމަށް ނުގެންދިޔައީ ކަސްޓަމަރުން ނުލިބިގެން އަތްބަޅޭ ކަޑައިން އުޅޭން ނުޖެހޭތީ ކަންނޭގެއެވެ. މުއިއްޒު އިންވެސްޓް ހޯދަން ބޮޑު ފައުޖެއްގެ މީހުން ގޮވައިގެން ދިޔައިރު އަތްބަޅޭކަޑަ ނުގެންދިޔައިތީ ވަރަށް ދެރައެވެ. މާކަރީ ލައިޓް ހުރިނަމަ އެތަންވެސް ގެންދިޔައީސް ތޯއްޗެކެވެ. 

އިންވެސްޓަރުން ހޯދަދޭން ތިބިއްޔާ ތިބިބަޔަކު ނުގެން ގޮހެއް ނުވާނެތާއެވެ. ދިޔަ މީހުންގެ ތެރެއިން އަދުރޭ ކީއްކުރަން ހެއްޔެވެ. އެކަކަށް އެއްބަހަކުން ވާހަކަ ދައްކަން ނޭގުނަސް އަތްފައި ބަޅާ ބޫޅިކޮށްގެން ވެސް އިންވެސްޓެއް ރާއްޖޭގައި ކުރެވޭތޯ އެމޭޒަނާއި މައިކްރޯސޮފްޓް ވެސް އެތިބީ ދެލޯ މުދަނަށް އަރާފައެވެ. ރާއްޖޭގައި އިންވެސްޓް ކުރާހިތުން ލޮލުފިޔަ ނުޖެހިގެން މަށަށް މަށަށް ގޮވާލަ ގޮވާލާ ސާދާގަރުންތައް އެތިބީ ފޯރަމް ބޭއްވުން ލަސްވެފައެވެ. ހާމަސް ލޯގަނޑަކަށް ކާޅުބައެއް ޖެހިގަންނަހެން އިންވެސްޓަރުންތައް އެއޮހިގަތީ ހަތަރު އުދަރެސް ބައްދާލާފައި ނޫން ހެއްޔެވެ.

އަންތަރީހެއް ނުވާނެ ހެއްޔެވެ. މިލިޔަން މިލިޔަން ޑޮލަރު ހަރަދުކޮށްގެން ޔޫއޭއީގައި މުއިއްޒު ތިޔަ ބޭއްވި ފޯރަމަކުން ވީކަމެއް ވީބަޔަކަށް ވިއެވެ. ބަޔަކު ބަނޑު ނުބައިވެގެން އުޅޭނެ ކަމެއް ނެތްތާއެވެ. ފޯރަމަށް ގެންދިޔަހާ މީހުނަށް އަރަބި އިމާރާތުގެ އަގުބޮޑު ހޮޓާތަކާއި ފިހާރަތަކަށް ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސުނެވެ. ދިވެހި ރައްޔިތުން ބަޑަށް ތިއްބާ މުއިއްޒާ އޭނާގެ އައުވާނުންނަށް ހިނދުކޮޅަކަށް ނަމަވެސް ރަންއިލޮށިން ކަދުރު ކެވުނެވެ. ފަސްޓް ކުލާހުގައި ދަތުރުކޮށް ނެތްފައިސާ ތަޅާބުރުވުނެވެ. ބޮޑެތި ފައުޖުތައް ހަދައިގެން ހަތަރުމަހުން ހަތަރު ދަތުރު ދުނިޔެ ބަލާއިލަން މުއިއްޒަށް ކުރެވުނެވެ. އޭޓީއެމް ކާޑަކުން 25 ޑޮލަރު ނުނެގުނަސް ހެޔޮތާއެވެ. އެއްޔަކީ ކުޑަ އިންވެސްޓްމަންޓެއް ނޫނެވެ. 

ސަމާސާ ކަނޑާލާފައި ބުނެ ބަލާށެވެ. މިލިޔަން މިލިޔަން ޑޮލަރު ހަރަދުކޮށްގެން ޔޫއޭއީގައި ތިޔަ ބޭއްވި ފޯރަމަކުން ލިބުނު އިންވެސްޓްމަންޓެއް ނެތެއް ނޫންހެއްޔެވެ. ތިޔަ ތަނެއް ދެކިލަން ދިޔަ މީހަކު ވެސް ނެތެވެ. އެކަމަކު ރަސްމާލެ ތަރައްގީގެ އިންގިލާބީ ބަދަލަކަށް ވަނީއެވެ. ގުއިނުދެކޭ ކާޅުތަކަށް ގުއިފެނިގެން އުޅޭހެން ބައިސާ ކަޑާއިރު އާޓިފިސަލް އިންޓެލިޖެންސްގެ ވާހަކަ މުއިއްޒު ދެއްކީމާ ކުރަނީ މަލާމާތެވެ. ދުބާއީ ތަރައްގީކުރި ފިކުރުން ވައްކަން ކުރާވާހަކަ މުއިއްޒު ދެއްކީމާ ބޮލުރޮދި ކެނޑިފައި ހުރިވަރު އެމީހުންނަކަށް ނޯޅޭނެއެވެ. 

ދުނިޔޭގެ އިގްތިސާދު އޮތްގޮތާއި ހުރި ގޮންޖެހުންތައް މުޅި ދުނިޔޭގެ މަހުޖަނުންނަށް އެނގެއެވެ. ރާއްޖޭގައި ޓޫރިޒަމަށް ދޫކޮށް ނުނިންމިފައި ހުރީ ކިތައް ރައްކަން އެމީހުންނަކަށް ނޯޅެއެވެ. ރާއްޖޭގައި ސިޔާސީ ހަމަޖެހުން ނެތްކަމާއި އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި ނެތްކަން މާރަނގަޅަށް އެމީހުނަށް އެނގެއެވެ. މުއިއްޒު ސަރުކާރަކީ ކުކުޅަށްވުރެ ބިސް ދޮށިވެގެން އުޅޭ ކުޅޭކުޅޭ ސަރުކާރެއްކަން އެންމެންނަށް އެނގެއެވެ. ވަގުތީ ޖަޒްބާތުގައި ކުރެވޭ ނުކުރެވޭ ކަމެއް ނޭގޭ ދަމާކަނޑާ ހޮޅި ސަރުކާރަކުންދޭ ޔަގީންކަމަކަށް އިންވެސްޓް ފުނޑާލާކަށް ދުނިޔޭގެ މަހުޖަނުން ބޭނުމެއް ނުވެއެވެ. ރުންކުރު ހަރުކަށި ހައްދުފަހަނައެޅުމަށް ބާރުދޭ ސަރުކާރެއްގެ ގޮތުގައި ސިފަވާ ސަރުކާރަކަށް އިންވެސްޓަރުން އިތުބާރެއް ނުކުރެއެވެ. 

ވިސްނާ ބަޔަކަށް ރަނގަޅު ފިލާވަޅެކެވެ. އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި އިހުތިރާމް މުއިއްޒަށް ޔޫއޭއީ ދަތުރުން ފެންނާނެއެވެ. މީގެ ކުރިން ރާއްޖޭގެ ވެރިންނަށް ޔޫއޭއީ ފަދަ ގައުމުތަކުން ކުރި އިހުތިރާމާއި ގަދަރު މިހާރަކު ނުކުރެއެވެ. ހަމައެކަނި މުއިއްޒަށް މަރުހަބާކިޔަން ދިޔަ ފެންވަރުން ވެސް އެކަން އިހުސާސްވެއެވެ. ކޮންމެ ބޭނުމެއްގައި ރާއްޖޭގެ ވެރިއަކު ޔޫއޭއީއަށް ދިޔަސް މުއިއްޒަށް މިފަހަރު ކީވަރުގެ ފެން މަރުހަބާއެއް ކިޔާފައެއް ނެތެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމީނާއި ރައީސް ސޯލިހު ކުރެން އަހާށެވެ. އެ ބޭފުޅުންވެސް މިއަދު ލަދު ގަންނާނެއެވެ. 

ހަމަ އެއްވަގުތެވެ. ޔޫއޭއީގައެވެ. ރައީސް މުއިއްޒެކޭ ބޮޑުވަޒީރު މޯދީއެކޭ ގައުމެއްގެ ވެރިއެއްގެ ނިސްބަތުން އޮތީ ކޮންތަފާތެއް ހެއްޔެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް އަރަބި އިމާރާތުންކީ މަރުހަބާ އެންމެނަށް ފެންނާނެއެވެ. މަރުހަބާ ވިދާޅުވީ އެ ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ. ގާރޑް އޮފް އޮނަރ އާއި ރަތް ދޫލައިންނެވެ. އެކަމަކު ހައްޕުނޑު ހުންނާނީ ފީކުދާނުގައެވެ. 

]]>
Wed, 14 Feb 2024 18:09:26 +0500 ހީރަސްނިއުސް
ގައުމިއްޔަތުގެ ނަމުގައި މުއިއްޒު މުގައްދަސް ކުރުން! https://heerasnews.com/2260 https://heerasnews.com/2260 ދުނިޔޭގެ އެއްވެސް ގައުމެއްގައި ގައުމިއްޔަތު ކިޔާ މާއްދާއެއް ކިޔަވައެއް ނުދެއެވެ. އެހެންނަމަވެސް “ދިވެހި ގައުމިއްޔަތު”ގެ ނަމުގައި ރާއްޖޭގެ ތައުލީމީ މަންހަޖަށް މާއްދާއެއް މިހާރު ވަނީ އިތުރުކޮށްފައެވެ. އަޖުމަ ބެލުމުގެ ގޮތުން 11 ސްކޫލެއްގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ވެސް ފަށައިފިއެވެ.

އެއްވެސް ދިރާސާއެއް ކުރުމެއްނެތި ތައުލީމީ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ މާއްދާ އިތުރު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ބަވަނަވެތި މިޒަމާނުގައި ހިފެހެއްޓި ތަޅުލެވޭ ހައްދުފަހަނައެޅި ކަނާތު ފިޔާގެ ވިސްނުން އަށަގަންނަވާ މަވެތި ފިކުރު ދަރިވަރުންގެ ހިތްތަކުގައި ބިންވަޅު ނެގުވުމަކީ ހާދަހާވާ ނުރައްކާތެރި ކަމެކެވެ. 

ކަންކަމުގައި ހައްދުފަހަނަ އަޅާގޮސް ހަމަ ނުޖެހުމާއި އަނިޔާވެރިކަމާއި ގަދަކަން ދެއްކުމާއި ދެކޮޅުވެރިކަމާއެކު މީހުނާ ކުރިމަތިލުމުގެ ވިސްނުމުން ޅަދަރިންގެ ސިކުނޑިތައް ބައްޓަން ކުރުމަކީ ބިރުވެރިކަމެކެވެ. ގައުމިއްޔަތާއި ވަޒަންދެކެ ލޯބިވުމަކީ ދެކަމެކެވެ.

އެއްވެސް ތާރީހަކާއި ސަގާފަތަކީ އެމަތީގައި ހުއްޓި ތިބެން އޮތް ކަންކަމެއް ނޫނެވެ. ތާރީހަކީ ހާލަތާއި ކުރިމަގަށް ލިބިދިޔަ ފިލާވަޅެވެ. އެނބުރި ރުޖޫއަވާން އޮތްކަމެއް ނޫނެވެ. އަނެއްކޮޅުން ސަގާފަތަކީ އެއްޖީލުން އަނެއް ޖީލަށް ބަދަލުވަމުންދާ އެއްޗެކެވެ. ހުއްޓި އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި އެބައެއްގެ ކާބަފައިން އުޅުނުހާ ގޮތަކާއި ގެންގުޅުނުހާ ތަކެއްޗަކީ އެތަނެއްގައި އަބަދަށް ދެމިހުރި ތަކެއްޗާ ކަންކަމެއް ނޫނެވެ. ކާބަފައިންގެ ބައެއް ކަންކަމާއި ތަކެއްޗަކީ ހަނދާން ނައްތާލާ ނެތިކޮށްލަން ޖެހޭ ކަންކަމާއި ތަކެއްޗެވެ. 

މާތް ވެގެންވާ އިސްލާމްދީން މުސްލިމުންނަށް ދައްކާދިނީ އެމަގެވެ. އިސްލާމް ދީނުގައި ގައުމިއްޔަތެއް ނޯވެއެވެ. އޮންނަނީ މުސްލިމް އުންމަތެވެ. އިސްލާމް ދީން ދަސްކޮށްދެނީ އިޖުތިމާއީ އެއްބައި ވަންތަކަމެވެ. ތަފާތު ނުކުރުމެވެ. ވަކި ނަސްލަކަށް ވަކި ވަންހަޔަކަށް ނިސްބަތްވުމަކުން މާތްކަމެއް ލިބިގެން ނުވާކަމެވެ. އިސްލާމް ދީން ދަސްކޮށްދެނީ އިންސާނީ ކަރާމާތެވެ. 

ގައުމިއްޔަތުގެ ފިކުރަކީ ތިމާމެންގެ ތެރެއިން ނުވާ ކޮންމެ މީހަކީ އަދުއްވެއް ކަމުގައި ބެލުމުގެ ފިކުރެވެ. ވަކިވަކި ހާއްސަ ސަހުސިއްޔަތަކީ މާ މުގައްދަސް މާ އަބުއި މީހަކަށް ހެދުމުގެ ފިކުރެވެ. ހޮދުމުހުތާރު ކަމާއި ވަކި މީހެއްގެ ވިދާޅުބަސްފުޅު ނޫން އަޑެއް ނޭހުމުގެ ފިކުރެވެ. ހައްގަކީ ހަމައެކަނި ތިމާމެން ގަބޫލުކުރާ ގޮތްކަމުގައި ހެދުމުގެ ފިކުރެވެ. މިއީ ތާރީހު ދައްކާ ހަގީގަތެވެ.

ބަވަނަވެތި ދުނިޔޭގައި ބައިބައިވުން އުފެދޭ ފިކުރުތައް ކުރިއެރުވުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ގައުމިއްޔަތުގެ ފިކުރު ތިމާމެންގެ ޖަމާއަތް ނުވަތަ ގައުމަކީ، އެހެން ގައުމުތަކަށްވުރެ މަތިވެރި ބައެއް ކަމުގައި ގަބޫލު ކުރުވައެވެ. ގައުމިއްޔަތު ބާރުއަޅަނީ ޖަމާއަތުން ވަކިވެގަނެ ބޮޑާކަން އަށަގެންނެވުމަށެވެ. ތިމާމެންގެ ޖަމާއަތަށް ނުވަތަ ގައުމަށް ނިސްބަތް ނުވާ ކޮންމެ މީހަކާ ނުވަތަ ބަޔަކީ ތިމާމެންގެ ތެރެއިން ވާބައެއް ކަމަށް ގައުމިއްޔަތުގެ ވިސްނުމުގައި ބަލައެއް ނުގަނެއެވެ. ގައުމިއްޔަތުގައި ތިމާމެންގެ ގައުމަށް ނިސްބަތްނުވާ ކޮންމެ ބަޔަކާ ކުދިކުދި ކަންކަމުގައިވެސް ދެބަސްވެ މަވެތިކަން ބޮޑުކުރެއެވެ.

ގައުމިއްޔަތުގައި ހުރިހާ މޮޅެއް ތިމާމެންނަށް އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެއެވެ. ހާއްސަކޮށް ތިމާމެންގެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަކީ މާ ދަށްބައެއް ކަމަށް ބަލައެވެ. އެމީހުންގެ މައްޗަށް އަނިޔާވެރިކަން އިސްކުރުމާއި، ތަފާތު ކުރުން އިސްކުރެއެވެ. ތަފާތު ނަސްލުތަކާއި ތަފާތު ވިސްނުމުގެ މީހުންނާ އެކުވެރި އުޅުމުގެ ވިސްނުން ޅަފަތުގައި ސިނކުޑިތަކުން ނެރެލައެވެ. 

ގައުމިއްޔަތަކީ ޔަހޫދީ ވިސްނުމެކެވެ. ޔަހޫދީން ގަބޫލުކުރާ ގޮތުގައި ޔަހޫދީން ނޫން އެންމެންނަކީ ދެވަނަ ދަރަޖައިގެ އިންސާނުންނެވެ. އެހެން އެންމެންނަކީ ޔަހޫދީންގެ އަޅުން ކަމަށް އެމީހުން ދެކެއެވެ. ގައުމިއްޔަތު ކުރިއަރުވާ ހުރިހާ މުޖުތަމައަކުންވެސް އެސިފަ ފާޅުކޮށް ފެންނަން އޮވެއެވެ. 

ވިސްނުމާއި ސުވާލު ކުރުމަށް ހުރަސް އެޅުމަކީވެސް ގައުމިއްޔަތުގެ ސިފައެކެވެ. ތައުލީމީ ރޮނގުން ކުރިއަރާ ދިޔުމަށް ބޭނުންވާ ކްރިޓިކަލް ވިސްނުމާއި ސުވާލު ކުރުން ގައުމިއްޔަތުގެ ވިސްނުމުން ހުއްޓުވައެވެ. ވަކި ފިކުރެއް ނޫން ހުރިހާ ފިކުރެއް ގޯސްކަމަށް ނިންމައެވެ. ކަންކަން ހޯދައި ބެލުމަށް ހުރަސް އެޅެއެވެ. ފިކުރުކުރުމާއި، ވިސްނައިގެން ކަންކަން ކުރުން ހުއްޓުވުމަށް ކުދިންގެ ސިކުނޑިތައް ތަޅުލައެވެ. ގައުމީ ލޯބީގެ ނަމުގައި ވެރިމީހާ ދެކެވާ ކަނު ލޯތްބާއި ހައްދެއް ނެތް ވަފާތެރިކަމުން ވެރިމީހާއަށް ކަލާނގެވަންތަކަށް ދޭވަރަށް ކުދިންގެ ސިކުނޑިތައް ތަގައްޔަރު ކޮއްލައެވެ. 

ގައުމިއްޔަތު ކިޔަވާ ދިނުމަށްވުރެ ތަފާތު ސަގާފަތްތައް ދެނެގަތުމާއި ތަފާތު ވިސްނުމުގެ މީހުންނާއެކު އިސްލާމީ އަގީދާގައި ސާބިތުވެ ހުރެވޭނޭ ގޮތަށް އުގަންނާ ދިނުން ބައްޓަން ކުރުން މާ މުހިންމެވެ. ސުލްހަވެރިކަމާއި އެއްބައިވަންތަކަމުގައި ތަފާތުނުކޮށް އިންސާނީ ކަރާމާތް ނަގަހައްޓަމުން ކެތްތެރިކަން (ޓޮލަރަންސް) އިސްކޮށްގެން އުޅެން ދަރިވަރުންނަށް ދަސްކޮށްދިނުން މާ ބުއްދިވެރިއެވެ. 

ރިވެތި އާދަތައް އުނގަންނައި ދޭނަމަ، އުގަންނައި ދޭންވީ އިސްލާމީ ރިވެތި އާދަތަކެވެ. އިސްލާމީ މަންހައްޖު ފުޅާކޮށް، އެކުވެރި ކަމާއި، އެއްބައިވަންތަކަމާއި، އަވަށްޓެރިންނަށް ކަމޭ ހިތުމުގައި ދީނުގައި ހުރި ސަވާބާއި ހެޔޮ ދަރުމައިގެ އުފާވެރި ހަބަރުތަކުން ދަރިވަރުންގެ އިސްލާމީ ތަރަހަ ވަރުގަދަކުރުމެވެ. ކުރަންވީ ކަމަކީ އީސްލާމީ އީމާން ކަން އިތުރުކޮށް، ދުނިޔެ އަށް ލޯހުޅުވޭ، އެހެނިހެން ފިކުރުތަކުގެ މައްޗަށް ކެތްތެރިކަން އިސްކުރާ، އުފެއްދުންތެރި، އޯގާތެރި ރައްޔިތެއް އުފެއްދުމުގެ މަސައްކަތެވެ. ގައުމިއްޔަތުގެ ނަމުގައި ޅަދަރީންގެ ސިކުނޑިތައް ތަޅުލުމެއް ނޫނެވެ.

]]>
Wed, 14 Feb 2024 15:01:27 +0500 ހީރަސްނިއުސް
ދަރަނީގެ ދަތިކަމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑު: އައިއެމްއެފް https://heerasnews.com/2259 https://heerasnews.com/2259 ރާއްޖޭގެ އިގުތިސޯދީ އެޖެންޑާއަށް އިތުބާރު އޮތް ކަމަށާއި ސަރުކާރުން އަޅަމުންގެންދާ އިސްލާހީ ފިޔަވަޅުތަކަށް އިންޓަނޭޝަނަަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ތައުރީފު ކުރައްވާ ކަމަށް ރައީސް އޮފީހުން އަޑުފަތުރަމުން ދާއިރު ހަގީގަތަކީ އެއީއެއް ނޫނެވެ.

ބުނަން ހެއްޔެވެ. ބައިނަލްއަގުވާމީ އެޖެންސީތަކުގެ ވެރިން ގައުމެއްގެ ރައީސް ކުރިމައްޗަށް އަރާ ކެޔޮޅަކު ރަތްމަހަށް ދޭހެނެއް ނުދޭނެއެވެ. އެމީހުންގެ ވާހަކަ ހުންނާނީ ޑިޕޮލޮމެޓިކް ލޭންގޭޖުންނެވެ. މުއިއްޒުގެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާއާއި ޝިއުނާގެ ބަހުރުވައަކުން ނޫނެވެ.

ރާއްޖޭގެ ދަރަނީގެ ދަތިކަމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ބުނެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުދަ ދުވަހު (ފެބްރުއަރީ 7)ގައި އިންޒާރު ދިނީ އިގުތިސޯދީ އެޖެންޑާއަށް އިތުބާރު އޮތްލެއް ބޮޑުކަމުން ހެއްޔެވެ. ކަންކަން އޮޅުވާލަން މާބޮޑަށް ސައްހާފު ހެދެން އުޅޭނެ ކަމެއްނެތެވެ.

އައިއެމްއެފްގެ އިންޒާރު ލިބުނީ މޮޅު އުކުޅުތައް ބޭނުންކޮށްގެން ދަރަނީގެ މަޅީގައި ކުދި ގައުމުތައް ޖެއްސުމަށް މަޝްހޫރު ޗައިނާއިން ބޮޑު ދަރަންޏެއް ރާއްޖެއަށް ނެނގި ދަނޑިވަޅެއްގައެވެ. ޗައިނާ އެވަނީ އެމީހުންގެ އޯލްޑް ފުރެންޑް އަނބުރާ އެމީހުންގެ ގާތަށް ގެންގޮސް ދަރަނީގެ ދަންތުރައަށް މަހާލާފައެވެ. ރާއްޖެއިން ދައްކަންޖެހޭ ބޭރުގެ ދަރަނި އެންމެ ބޮޑު އެއްގައުމަކީ ޗައިނާއެވެ.  

ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ޖުމްލަ މާލީ ޑެފިސިޓާއި އާންމު ދަރަނި ތިރި ނުކުރެވޭނެ ކަމަށް ލަފާކުރީ އައިއެމްއެފްއިން ރާއްޖޭގެ އިގްތިސާދު މުރާޖައާ ކުރުމަށް ފަހުގައެވެ. ރާއްޖެއަށް ކުރިއަށް އޮތީ ބޭރާއި އެތެރޭގެ ޖުމްލަ ދަރަނީގެ ދަތިކަމުގެ ބޮޑު ނުރައްކަލެއް ކަމަށް އައިއެމްއެފުން ބުނެއެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ގައުމީ ދަރަނީގެ ގާތްގަނޑަކަށް 43 ޕަސެންޓް ޗައިނާއަށް ދައްކަން ޖެހޭއިރު އެއީ ތިން ބިލިއަން ޑޮލަރެވެ.

ދުނިޔޭގެ މަނިޓަރީ އެޖެންސީން މި އިންޒާރު ދީފައިވަނީ ދަރަނީގެ ހާލަތާ ގުޅިގެން ރާއްޖޭގައި އާ ތަރައްގީގެ މަޝްރޫއުތައް ނުފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ.

ރައީސް މުއިއްޒު ބޭނުންވަނީ އިތުރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާށެވެ. އެކަމަކު މިއީ ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުތަކެއް ފަށައި، ހުރިހާ ރަށެއްގައި އެއްފަހަރާ އާ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ރައީސް މުއިއްޒު އެއްބަސްވެއެވެ.

ކުރިއަށް އޮތް ދެ މަސް ވާނީ އެންމެ އުނދަގޫ ދުވަސްތަކަށް ކަމަށާއި، މިއީ އެންމެ ކްރިޓިކަލް ވަގުތު ކަމަށްވެސް މުއިއްޒު އެއްބަސްވެއެވެ. އެކަމަކު މިހާރު މި ފަށަނީ އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ކަމަށާއި ޖުލައި މަހަށް ފަހު ވަރަށް ފަސޭހަވާނެ ކަމަށް މުއިއްޒު އުންމީދުކުރާ ކަމަށް އައިއެމްއެފުން ބުނެއެވެ.

]]>
Tue, 13 Feb 2024 18:25:11 +0500 ހީރަސްނިއުސް
ޕީއެންސީ ޕްރައިމަރީ & މުއިއްޒު ނިމުމުގެ ފެށުން https://heerasnews.com/2256 https://heerasnews.com/2256 ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި ގިނަ މީހުންނަކީ ރައީސް ޔާމީނުގެ ވަފާތެރިންނެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީވެސް މުއިއްޒަށެވެ. ރައީސް ޔާމީނަށް ވެރިކަން ހޯދައިދޭން ފޫގަޅައިގެން ތިބި އެތައްބަޔަކު މަޖިލިސް ޕްރައިމަރީއަށް ނިކުމެ ޓިކެޓް ހޯދީ ފިސާރި ރޭވުންތެރިކަމާއި އެކު ހޭލާ ތިބެއެވެ. 

ޕްރޮގްރަސިވް ކޯލިޝަނުން ހަމައެކަނި މަޖިލީހަށް ވާދަ ކުރެވޭނީ ޕީއެންސީން ނިކުންނަ ކެންޑިޑޭޓުންނަށް އެކަނި ކަމަށް ދުރަލާ ނިންމީ ކަމެއް ވެގެންނެވެ. ޕީޕީއެމް ޓިކެޓްގައި މަޖިލީހަށް މީހުން ނުނެރޭން ނިންމީ ޕީޕީއެމަށް މުއިއްޒު އިތުބާރު ނުކުރާތީއެވެ. ގައްސާނާއި ސިޔާމަށް ވަޒީރުކަމަށް ރުހުން ނުދޭން އެމްޑީޕީއާ ލޮބީކުރި ވާހަކައަކީ ވެސް ފުލޯކެއް ނޫނެވެ. ޕީއެންސީ ބޮޑުކޮށް ޕީއެންސީ ބާރުވެރިކުރުވީ ރިޔާސަތުން ޕީޕީއެމްގެ ނަން ފުހެލާށެވެ. މަޖިލިސް އިންތިހާބު ވަންދެން ޕީޕީއެމް ވެގެން ތިއްބަސް ޕީޕީއެމްގެ ނަންވެސް އޭގެ ފަހުން ނުގަނެވޭނެއެވެ. ޕީޕީއެމްގެ ގްރާސްރޫޓްގެ ބޮޑުބައެއް ޕީއެންސީ ކަހާލެވެން އޮތީ މަޖިލީހުގެ އިންތިހާބުގެ ތެރޭގައެވެ. 

ޕީޕީއެމްގެ ކޮންޓްރޯލު އަދިވެސް އޮތީ ރައީސް ޔާމީނުގެ އަތުގައިކަން މުއިއްޒަށް އެނގެއެވެ. ޕްރައިމަރީ ވޯޓުގެ ކުރިންވެސް ޕްރައިމަރީގައި ބަޔަކަށް ވާދަނުކުރެވޭ ގޮތް ހެދިނޫން ހެއްޔެވެ. ނަމަވެސް އެނބުރުންގަނޑު ބޮޑުވެ ކެނބު ކަނޑައިގެން ހިނގައިދާނެ ކަމުގެ ބިރަށް އެދޭހާ ބަޔަކަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދިނީ ގޮތް ހުސްވެގެންނެވެ.

ވީގޮތެއްވެ ލީގޮތަކަށް ވޯޓުލާ ބަޔަކު ޕްރައިމަރީ ކާމިޔާބު ކުރިއެވެ. ކަމަކު ދާކަށްނެތެވެ. ގެރިހަން ލައިގެން ތިބި ސިންގާ ތަކެއް ޓިކެޓަށް ހޮވުނުކަން މުއިއްޒަށް އެނގުނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެގަހު ކޭލެއް މިގަހު ކޭލެއް އެޔަކުން ވަތްކެއް ނުވެއެވެ. ދިން ޓިކެޓް އަތުލާނެ މީހެއް ނުލާނެ މީހެއް ނޭނގުނެވެ. އެންމެ ފަހުން ޖެހުނީ ޓީކެޓް އޮތްތާކު ބާއްވަފައި ވަފާތެރިހެން ހީވާހާ މީހަކީ މަގޭ މީހާއޭ ބުނެ އެމީހާ ހޮވައިދޭން އުޅޭށެވެ. 

ޕީއެންސީ ޓީކެޓަށް ދާއިރާތަކުން ބަޔަކު ހޮވިފައި ތިއްބަސް ވެރިކަން ދަމަހައްޓަން ޖެހޭތީ ބޮޑު ހޯގުޅާ ތަކަކަށް ވަކިވަކި ދާއިރާ ދޫކޮށްލަން މުއިއްޒަށް އޮތީ ޖެހިފައެވެ. ބައެއް ދައިރާތަކަށް ޕީއެންސީން މީހުން ނުނެރޭން ނިންމާ ދާއިރާ ހަދިޔާ ކުރަންވެސް ޖެހުނީއެވެ. ބުރުމާ ގާސިމާއި ސަން ސިޔާމާއި ކާނަލް ނާޒިމަށް އެއޮތީ އެމީހުން ބޭނުންވީ ދާއިރާ ދޫކޮށްލާފައެވެ. އެދައިރާތަކުގައި ތިބި މަޖިލީހަށް ޝައުގުވެރި ޕީއެންސީ މެންބަރުން އެކަމާ އެތިބީ ދަތްވިކައިގެންނެވެ.   

އަނެއްކޮޅުން ގާސިމަށް ހުޅުމާލޭ ދެކުނު ގޮނޑި ވިއްކާލައިގެން ޝާންކޮ ހުއްޓުވަން އުޅުނީމާ ވީގޮތް ފެނިއްޖެ ނޫން ހެއްޔެވެ. ޝާންކޮ ދާއިރާގެ ހުރިހާ ގޭބިސީއެއްގެ ފެނާ ކަރަންޓާއި ކުލި ފަސް އަހަރު ދުވަހަށް މާފުކޮށް ދެވޭހާ ހިތްވަރެއް މުއިއްޒު ގަޔަކު ނެތެވެ. ޝާންކޮ ހުއްޓުވޭނީ އެވަރު ހުރިއްޔާ ނޫން ހެއްޔެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ. ބުރުމާ ގާސިމަށް އިތުބާރުކޮށްގެން ސިޔާސީ ކަމެއް ކުރުމެކޭ ގެއަށް މިނިކާވަގެއް ވައްދައިގެން އުޅުމެކޭ އޮންނާނީ ކޮން ތަފާތެއް ހެއްޔެވެ. 

މުއިއްޒު މަޖިލީހަށް ޓަކާ މިޖަހާ މަރުސަކަރާތުން ފައިދާ ލިބެނީ ޔާމީނަށާއި އެމްޑީޕީއަށެވެ. ރޫޅިވެރި ބާރު ކެނޑެމުން ދަނީ މުއިއްޒުގެއެވެ. ގަސްވެރިޔާ ލައްވާ ގަސްކަނޑާ ވައްޓާލާތަން ބަލަން ތިބެމާ ހިނގާށެވެ.   

]]>
Mon, 12 Feb 2024 21:31:29 +0500 ހީރަސްނިއުސް
މުއިއްޒު ކުޅޭ ޑްރާމާ ސީރީސް: ޝަހީދުއަލީ އެޕިސޯޑް https://heerasnews.com/2253 https://heerasnews.com/2253 ހައްގަކީ މުއިއްޒާއި މުއިއްޒުގެ ސަރުކާރެއް ނޫނެވެ. ނިއްކުރިން ނައްޓާ ބުމަމަތީ ކުރަގަނޑެއް ހުރުމަކީ ތަގުވާވެރިކަމުގެ ސިއްކައެއް ނޫނެވެ. ނަމާދަށް އަރާ ފޮޓޯނަގައިގެން އެ ފޮޓޯތައް މީޑިއާގައި ދައުރު ކުރުވުމަކީ އަޅުވެރިއެއްކަން ރަމްޒު ކޮށްދޭ ކަމެއް ވެސް ނޫނެވެެ. 

ހެއްދެވިހާ ދޮގެއް ހަދަމުން ހިތް ނޭދޭ ގޮތަށް އެހެން މީހުން ދައްކާ ކޮންމެ ވާހަކައަކީ ދޮގެއް ކަމަށް ސިފަ ކުރަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. އެންމެނަކު ދައްކާނީކީ ތިމާ ބޭނުންވާ ވާހަކައެއް ނޫނެވެ. ފަތުރާނީކީ ވެސް ތިމާ ބޭނުންވާ ހަބަރެއް، ތިމާ ބޭނުންވާހާ ގޮތަކަށް ނޫނެވެ. މާތްވެގެންވާ އިސްލާމް ދީނާއި ގައުމީ ބަތޮލުންނަކީ މުއިއްޒުގެ ސިޔާސީ އައްޑަނައަކަށް ހަދައިގެން ދީނުގެ ކަރާމާތް ނަގާލަން އަބަދު ނޫޅޭށެވެ. ގައުމީ ބަތަލުންގެ ގުރުބާނީން ސިޔާސީ ފައިދާ ނަގަން ނޫޅޭށެވެ.

ނުސީދާ އިބާރާތްތަކުން އޮފުދާރު ކޮށްގެން ވަޒަން ހަމަކޮށް ޅެމުގެ ޑޮކްޓަރު އަތުރާލަދޭ ބަސްތަކެއް ދުލުކުރިން ކިޔާލުމަކީ މުއިއްޒުގެ އިމާނާ އަގީދާ ނޫންކަން އޮޅޭހާ މީހުން ގަމާރެއް ނޫނެވެ. ފިލްމުތަކުގައި ނުބައިބައި ކުޅޭ މީހުންނަކީ އެ މީހުންގެ ހަގީގީ ދިރިއުޅުމާއި ތޮބީއަތުގައި އެވަރުގެ ނުބައި ނުލަފާ މީހުންނެއް ނޫނެވެ. ފިލްމުތަކުގެ ސްޓޯރީއަށް އެ މީހުން ކުރަނީ އެކްޓެވެ. މުއިއްޒު ވެސް ކުރަނީ ހަރުކަށި ގައުމިއްޔަތުގެ އެކްޓެވެ.

މިއަދުވެސް މުއިއްޒު ކުޅުނީ މުއިއްޒު ކުޅެމުންދާ ޑްރާމާ ސީރީސް "ރައީސް މުއިއްޒު"ގެ އެޕިސޯޑެކެވެ. ޝަހީދުންގެ ދުވަހާ ގުޅުވައިގެން ގައުމާ މުހާތަބު ކުރުމުގެ ނަމުގައި އެ ކުޅުނީ އަލިރަސްގެފާނު އެޕިސޯޑެވެ. އާދަން ނަސީރު ޑައިރެކްޓްކުރި އަލިރަސްގެފާނު އެޕިސޯޑުގައި އަލިރަސްގެފާނު ހެދިގެން ޖެއްސި އެކްޓުން މުޅި އެޕިސޯޑްވީ ފްލޮޕެވެ.       

ހައްދުފަހަނައެޅި ގައުމިއްޔަތު ބޮލަށްލައިގެން އަލިރަސްގެފާނު ހެދުނަކަސް ބަޔަކަށް ކަހެރުވަކެކޭވެސް ހީވާނެހެއްޔެވެ. ދޮގާ މަކަރާ ހީލަތުން ވެރިކަން ހޯދައިގެން ދޮގު ނުފަތުރާށޭ މުއިއްޒު ބުނަނީ މުއިއްޒަށްވުރެ މޮޅަށް ދޮގުހަދައިގެން އެހެން މީހަކު ވެރިކަން ޖަހައިގެންފާނެ ކަމަށް ގަންނަ ބިރަކުންނެވެ. ދޮގުހެދުމަށް އެނދުކެނޑިފައިވާ މުއިއްޒަށް ހީވާނީ އެހެން އެންމެންވެސް ހަދާނީ ދޮގުކަމަށެވެ. 

ގައުމާއި އެއްކޮޅަށް ހަބަރުތައް ގެނެސްދިނުމަކީ މުއިއްޒު އަޅާހާ ބަތަކަށް ނޫސްވެރިން ރިހައެޅުމޭ ހީވަނީތާއެވެ. އަލިރަސްގެފާނުގެ ޖިހާދު މީޑިއާތަކާއި ވެސް މުހާތަބުކުރާ ކަމަށާއި، ގައުމާއި އެއްކޮޅަށް ހަބަރުތައް ފެތުރުމަށް ނަސޭހަތްތެރިވާ ކަމަށާއި ދޮގު ހަބަރު ނުފަތުރަން އިންޒާރުދޭ ކަމަށް ބުނެ އެކްޓް ޖެއްސިޔަސް ތިޔައީ މާކުރިން ދިވެހިން ބަލާ ފޫހިވެފައިވާ ޑްރަމާއެކެވެ. 

ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވުމުގެ ވާހަކައާއި ދިވެހިންގެ ސަލާމަތް ދިވެހިން އަމިއްލައަށް ހޯދުމުގެ ވާހަކައަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އަވައްޓެރި އިންޑިއާ އާއި އަމިއްލައަށް ޖެހިގަނެ ރާއްޖެ ނުރައްކަލަށް ވައްޓާލާ ވަދެވުނު ވަލުން ނުނިކުމެވިގެން ދިވެހިންނަށް މުއިއްޒު ދޭންއުޅޭ ކެހީގެ މަތިއެޅުމެކެވެ. އަދުގެ ސިޔާސީ ފަރާތްތަކަށް މުއިއްޒު ދިން މެސެޖަކީ މުއިއްޒު ވެއްޓޭ ކޮންމެ ނުރައްކަލަކަށް ރާއްޖެ ވައްޓާލާނެ ކަމުގެ މެސެޖެވެ. މުއިއްޒަށް ނެތް ވެރިކަމެއް އެހެން މީހަކު ކުރަން ރާއްޖެ ސަލާމަތްކަން މަތީ ނުބާއްވާނެ ކަމަށް ދިން މެސެޖެވެ. 

ދީނަކީ ގައުމަކީ ނަސްރަކީ ހައްގަކީ ހަމައެކަނި މުއިއްޒު ކަމުގައި ދިވެހީންނަށް ދައްކަން ކުޅޭ "ރައީސް މުއިއްޒު" ޑްރާމާ ސިލްސިލާގެ މިއަދުގެ އެޕިސޯޑްގައި ހައްދުފަހަނައެޅި ގައުމިއްޔަތުގެ ނަމުގައި ފުރައްސާރަކޮށް ހުރުމަތް ކަނޑާލީ އަލިރަސްގެފާނުގެ ޖިހާދުގެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދައި، ރާއްޖެއަކީ ބޭރުގެ އަސްކަރިއްޔާގެ ބާރު ނެތް ގައުމަކަށް މި ސަރުކާރުން ރާއްޖެ ހަދާނަމޭ ކިޔައިގެން އަދިވެސް އެ އުޅެނީ ރައްޔިތުން ނުރައްކަލަށް ވައްޓާލާށެވެ. 

]]>
Sun, 11 Feb 2024 14:46:06 +0500 ހީރަސްނިއުސް
ގައިރުގާނޫނީ ވަޒީރަށް ފްލެޓް ލިސްޓް ބާތިލެއް ނުކުރެވޭނެ https://heerasnews.com/2252 https://heerasnews.com/2252 މާލޭގައިދިރިއުޅޭ މީހުނަށް ހާއްސަކޮށްގެން ރައީސް ސޯލިހުގެ ވެރިކަމުގައި ތައާރަފްކުރި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމަށް އެތައްހާސް ބަޔަކު ކުރިމަތިލިއެވެ. ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯއްޗާއި ފްލެޓް ހޯދުމަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަނޑައަޅާ ވަގުތީ ލިސްޓެއް އިއުލާނު ކުރިއެވެ. އިއުލާނުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ ހުށަހެޅި ޝަކުވާތައް ބަލައިގަނެ ލިސްޓް މުރާޖިއާ ކުރިއެވެ. ހުށަހެޅި ޝަކުވާތަކަށް ރިއާޔަތްކޮށް ބެލުމަށްފަހު ދާއިމީ ލިސްޓް އިއުލާނުކުރިއެވެ.

މާލެ ސަރަހައްދުން ފްލެޓް ލިބުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން ފުރަތަ ނިމޭ 4000 ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ވަނީ ސަރުކާރުން ގެޒެޓްކޮށް އާއްމު ކޮށްފައި އޮތް ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ފްލެޓްތައް ވަނީ ހަވާލު ނުކުރެވިއެވެ. އެހެން ކަމުން އައު ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިސްވެ ދެއްވިޔަގީން ކަމަކީ ރައީސް ސޯލިހު ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ ގެޒެޓްކޮށްފައިވަ ފަރާތް ތަކަށް ގޯއްޗާ ފްލެޓް ދެއްވާނެ ކަމުގެ ޔަގީންކަމެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އިސްވެ ހުންނަވާ އެންޓި ކޮރަޕްޝަން ކަމިޝަން މެދުވެރިކޮށް ފްލެޓް ދިނުން ހުއްޓުވާލީއެވެ. ފްލެޓަށް ޝަރުތު ހަމަކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ބަޔަކުލައްވާ ޝަކުވާ ތަކެއް ހުށަހަޅުވައިގެން ފްލެޓް ދޫކުރުން ހުއްޓުވިއެވެ.

ކުރީ ސަރުކާރުން 4000 ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅާފައި ތިބި %60 މީހުންނަކީ ފްލެޓް ހައްގު ނޫން ބައެއް ކަމަށް އޭސީސީން ތިން މަހެއްހާ ދުވަހު ކުރިގޮތަކަށް ތަހުގީގުކޮށް ވަނީ ކަނޑައަޅާފައެވެ. ކުރީ ސަރުކާރުން ކަނޑައަޅާ ގެޒެޓްކޮށްފައިވާ ދާއިމީ ލިސްޓް އޭސީސީން ތިންމަހެއްހާ ދުވަހު ކުރިގޮތަކަށް ތަހުގީގު ކުރުވުމަށްފަހު ބާތިލުކޮށް ފްލެޓް ދޭނެ މީހުން އަލުން ކަނޑައަޅަން މުއިއްޒު ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. 

އޭސީސީގެ ތަހުގީގަށް ބިނާކޮށް ޝަރުއީ ހުކުމެއްނެތި އެތައް ހާސް ބައެއްގެ ހައްގު ނިގުޅައިގަތުމުގެ ގާނޫނީ ބާރެއް މުއިއްޒުގެ ގައިރު ގާނޫނީ ހައުސިން މިނިސްޓަރަކަށް ލިބިގެން ނުވެއެވެ. ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ސަރުކާރުން ގެޒެޓް ކޮށްފައިވާ އެއްވެސް ފަރާތަކުން މިހާރު އެހައްގު ނިގުޅައި ގަނެވޭނީ އެންމެ ގޮތަކުންނެވެ. ފްލެޓް ލިބޭނެކަމަށް ދާއިމީ ލިސްޓްގައިވާ 4000 މީހުންކުރެ އެކެއްގެވެސް ފްލެޓްނުދީ ހިފެހެއްޓޭނީ ކޮންމެ މީހެއްގެ މައްސަލަ ވަކިވަކިން ތަހުގީގްކޮށް ހައްގުނޫންކަން ޝަރީއަތަށް ސާބިތު ކޮށްދީގެން ކުރާ ޝަރުއީ ހުކުމަކުންނެވެ. އެއް ވެރިކަމަކުން އަނެއް ވެރިކަމެއްގައި ނިންމާފައި ހުންނަ ކަންކަމުގެ ތެރެއިން ރައްޔިތެއްގެ ހައްގަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކުރެވޭނީ ޝަރުއީ ހުކުމަކުންނެވެ. ގެދޮރުވެރި ސްކީމުން ފްލެޓް ލިބޭނެކަމަށް ނިންމާ ގެޒެޓް ކޮށްފައިވާ އެކަކަށްވެސް ފްލެޓް ނުލިބޭނެ ކަމަށް ކަނޑައެޅޭނީ ހަމައެކަނި ޝަރީއަތުންނެވެ. 

ގައިރު ގާނޫނީ ހައުސިންގ މިނިސްޓަރ ހައިދަރު ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މިހާރުކުރާ އެއްވެސް ކަމެއްގައި ގާނޫނީ ސައްހަކަމެއް ނުއޮންނާނެއެވެ. ވަޒީރުކަމަށް ރައީސް އައްޔަނުކުރާ މީހަކު މަޖިލީހުގެ ރުހުން ނުލިބެނީސް މަގާމުގެ ހައިސިއްޔަތުން ކުރާކަމެއްގެ ގާނޫނީ ސައްހަކަން އޮންނާނީ ރައްޔިތުންގެ މަޖިލީހުން އެމީހަކަށް ރުހުން ނުދިނުމާ ހަމައަށެވެ. މަޖިލީހުން ވަޒީރަކަށް ރުހުން ނުލިބޭ ވަގުތުން ފެށިގެން ވަޒީރުކަމަށް ރުހުން ނުލިބޭ މީހަކު ވަޒީރުގެ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކީ ގާނޫނީ ސައްހަކަން އޮތްކަމަކަށް ނުވާނެއެވެ. ޑރ. ހައިދަރު ހައުސިން މިނިސްޓަރުކަމުގައި ހުރުމަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތެވެ. 

ގާނޫނީ ސައްހަކަން ލިބިގެންނުވާ ބާތިލު ވަޒީރަކަށް ފްލެޓް ލިސްޓް ބާތިލުކޮށް އަލުން ލިސްޓް އެކުލަވާލުމުގެ ބާރެއް ނުއޮންނާނެއެވެ. ބާތިލުކޮށް އަލުން އެކުލަވާލަންވީ ފްލެޓް ލިސްޓެއް ނޫނެވެ. ބާތިލުކޮށް މަގާމުން ފައްސާލަންވީ ވަޒީރު ކަމުގެ ގާނޫނީ ސައްހަކަން ގެއްލިފައިވާ ހައިދަރެވެ. 

]]>
Sun, 11 Feb 2024 09:48:04 +0500 ހީރަސްނިއުސް
ދިވެހީންގެ ރައީސަކީ ޑްރެގަން ޝީންޓޯއަކީތަ!؟ https://heerasnews.com/2251 https://heerasnews.com/2251 މާތް ރަސްކަލާނގެ ރަސްކަންފުޅު ފިޔަވައި ކަލާނގެ ވަންތަކަމަށް މީހުން ގަބޫލުކޮށްގެން އުޅޭ އެއްވެސް ފަރާތަކަށް ކަލާނގެ ވަންތަކަމުގެ ސިފަލިބިގެންވާ ކަމަށް ދޭހަވާ މޭރުމަކުން މުސްލިމަކު ބަހެއް ބުނުމަކީ އަދި ކަމެއް ކުރުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އަގީދާ ފާސިދުވެފައިވާ ބައެއްގެ ރުހުން ހޯދުމަށްވެސް ބާތިލު އަގީދާތަކަށް ހިތްވަރު ލިބޭ ގޮތަށް މުސްލިމުން ވާހަކަ ދައްކާ އުޅުމަކީ ބޮޑުވެގެންވާ ކުފުރެއްކަމަށް އިސްލާމީ އިލްމުވެރިން އިއްތިފާގުވެއެވެ. 

ގައިރު މުސްލިމުންނާއި ގުޅުން ބޭއްވުމަކީ މުސްލިމުންނަށް މަނާކަމެއް ނޫނެވެ. ގައިރު މުސްލިމުންގެ ފަރާތުން ދުނިޔަވީ އެހީތެރިކަން ހޯދުމަކީވެސް ގޯހެއް ނޫނެވެ. ގޯހަކީ ގައިރު މުސްލިމުން ރުއްސުމަށްޓަކާ އެމީހުންގެ ބާތިލު އަގީދާއަކީ ގޯހެއް ނޫންކަމަށް ދޭހަވާހެން އެމީހުނާ ބައިވެރިވުމެވެ.

ރައީސް މުއިއްޒަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހިންގެ ރާއްޖޭގެ ރައީސެވެ. ބައިނަލްއަގުވާމީ ގުޅުމުގެ ތެރެއިން ގައިރު މުސްލިމު ގައުމުތަކާ ރާއްޖޭން ގުޅުން ބާއްވާ އެހީތެރިކަން ހޯދުމަކީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ކުރައްވަން އެންމެ ރަނގަޅު ކަމެކެވެ. ވަކި ހާއްސަ ގާތް ގުޅުމެއް ޗައިނާ ފަދަ ފޯރާ ތަނަވަސް ގައުމަކާއެކު ބޭއްވުމަކީވެސް އޭގެ ޒާތުގައި ގޯހެއް ނޫނެވެ. އެހެނަސް ޗައިނާ ރުއްސުމަށްޓަކާ އެމީހުންގެ ބާތިލު ކަނލާގެ ޑްރެގަންއަށް ކަލާގެވަންތަ ކަމުގެ ސިފަ ލިބިގެންވާ ކަމަށް ގަބޫލުކުރެވޭ މޭރުމަކުން ރާއްޖޭގެ ރައީސް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ޑްރެގަން ކަލާނގެ ސިފަތައް ބަޔާން ކުރުމަކީ ޗައިނާ މީހުން އަޅުކަންކުރާ ޝިންޓޯ ދީނީ އަގީދާގެ އެންމެ މުހިންމު ބައެވެ. އެ ދީނުގައި ވާ ގޮތުން ޑްރެގަން ކަލާނގެ އަކީ ދަނޑު ގޮވާމަށް އެދި ދެންނެވޭ، ވާރޭ ގެ ރިޒްގަށް އެދި ދެންނެވޭ، އަދި މަސްވެރިކަން ތިޔާގި ކޮށްދެއްވުމަށް އެދި ދަންނަވާ ކަލާނގެއެވެ. ޑްރެގަން އީދުގެ ތަހުނޔާ މުއިއްޒު ފޮނުއްވެވީ އެ މާނަ ދޭހަވާ މޭރުމުންނެވެ.

ކްރިސްމަސް ފާހަގަ ކުރުން މުސްލިމުންނަށް ހަރާން ވާހެން ޝިންޓޯ ދީނުގެ އާ އަހަރު ފާހަގަ ކުރުމަކީވެސް ކަނޑައެޅިގެންވާ ބޮޑު ޝިރުކެކެވެ. މުސްލިމުން އީދުގެ ގޮތުގައި ފާހަގަ ކުރުމަށް ޝަރުއު ކުރައްވާފައި ވަނީ ދެއީދު ދެދުވަހެވެ. ފިތުރު އީދާއި އަލްހާ އީދެވެ.  

ޗައިނާގެ ދީނީ އާ އަހަރުގެ ތަހުނިޔާގައި ޗައިނާގެ ޑްރެގަން ކަލާނގެއަށް ފާގަތި ކަމާއި، ބާރާއި، ހިކްމަތް ލިބިގެންވާ ކަމަށް މުއިއްޒު ބުނި ބުނުމަކީ ޝިރުކުގެ އަމަލެއް ނޫންކަމަށް ބެލެވޭނެ ގޮތެއް ނެތެވެ.

ޑްރެގަން އަކީ ޗައިނާގެ ގިނަ މީހުންގެ ކަލާނގެއެވެ. ޑްރެގަންއަކީ ކަނޑުއަޑީގައިވާ ރައިގޫ-ޖޯ އޭ ކިޔުނު ގަނޑުވަރެއްގައި ދިރިއުޅެމުން އަންނަ ބާރުގަދަ ޑްރެގަނެއް ކަމުގައި ޗައިނާގެ ޝިންޓޯ ދީނުގެ މީހުން ދެކެއެވެ. ދިޔަވަރު ބޮޑުވުމާއި، އުދައެރުމާއި، ތޫފާންތަކާއި ކަނޑުގެ މަތިވެރިކަން ކޮންޓްރޯލް ކުރާ ފަރާތަކީ ޑްރެގަން ކަމުގައި ޗައިނާގެ ކާފަރުން ދެކެއެވެ.

ރިއުޖިން (ޑްރަގަން) އަކީ އެ މީހުން ދެކޭ ގޮތުގައި ދީލަތި ކަލާނގެއެވެ. ޑްރެގަނަށް ހެޔޮ އެދުންތައް ފޮނުވާ އިހުތިރާމްކުރާ މީހުންނަށް މަދަދުވެރިވާ ކަލާނގެ އެއް ގޮތުގައި މަގު ގެއްލިފައިވާ ކާފަރުން ޑްރެގަން ސިފަކުރެއެވެ. ޑްރެގަން ކަލާނގެ އަޅުންގެ ގޮތުގައި ކަހަނބާއި، މަހާއި، ޖެލީފިޝް ފަދަ ތަފާތު ކަނޑުގެ ދިރުންތައް ވާ ކަމުގައި ޗައިނާގެ ކާފަރުން ދެކެއެވެ. މުއިއްޒު ޑްރެގަންނަށް ހެޔޮ އެދުންތައް ފޮނުވާ އިހުތިރާމް ކުރާކަން ހާމަކުރީ ކޮން އެއްޗެއް ހޯދަން ހެއްޔެވެ. 

ޗައިނާގައި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ކަނޑުގެ ނިއުމަތްތައް ލިބިފައި އެންމެ ބޮޑަށް އޮންނަ އައްސޭރިފަށުގައި އުޅޭ މުޖުތަމައު ތަކުގައި އެ ދީން ފެތުރިފައިވާލެއް ބޮޑެވެ. އެސަރަހައްދުތަކުގައި ޑްރެގަން ކަލާނގެއަށް އަޅުކަން ކުރާ ފައްޅިތައް ގިނައެވެ. ޑްރެގަން ކަލާނގެ ރުއްސުމަށް، ހަނޑުލާއި، ގޮވާމުގެ ބާވަތްތައް ޑްރަގަން އަށް ހަދިޔާ ކުރުމާއި، މުއިއްޒު ސަނާ ދެންނެވިހެން ޑްރަގަން އަށް ސަނާ ކިޔާއުޅެއެވެ.

މުއިއްޒު މިކުރި ކަހަލަ ކަމެއް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ކުރިނަމަ ހީވީހީ އުޑުބޮލަށް ވެއްޓެން އުޅޭހެންނެވެ. ކާފާރުކޮށް ބޯކަނޑަން ގޮވާ ބަދު ދުއާކޮށް ހީވީހީ އެހެން ކަމެއް ވެގެން އުޅޭހެންނެވެ. 

މުއިއްޒު އަކީ އިސްލާމީ ލީޑަރެއް ކަމަށް ދައްކައިގެން ވެރިކަމަށް އައިސް ހުރި ފަތިސް ނަމާދުން އިސްތިހާރުވާ ކަޅިމަތީ ކުރަލީ ޝޭހުންގެ ޝޭހެވެ. މުއިއްޒުގެ ބާރުން ބާރުލިބިގެން ނާޖާއިޒް އެތައް މަންފާ ހާސިލް ކުރަމުންދާ ދީނީ ތާކިހާ އެޅި މީހުން ތިބީ މިކަން ނުފެންނަ ކަމަށް ހަދައިގެންނެވެ. އަމިއްލައަށް ކަނު ބަނދެވިގެންނެވެ. ދުނިޔެވީ މާއްދިއްޔަތުގެ އަވާގައި ލޮލަށް މިރުސް އެޅިފައެވެ. 

]]>
Sat, 10 Feb 2024 14:53:42 +0500 ހީރަސްނިއުސް
ދެއަނގަ މުއިއްޒު ދެ އަނގައިން އިންޑިއާ އައުޓް ކުރުން https://heerasnews.com/2247 https://heerasnews.com/2247 ކާކު ބުނީ ކީކޭކަން މިހާރަކު އޮޅުވައެއް ނުލެވޭނެއެވެ. މި ޒަމާނަކީ ސިއްރުން ދައްކާ ވާހަކަވެސް ސިއްރު ނުކުރެވޭ ޒަމާނެވެ. އަމްދުން އާއްމު ތަންތާ ދައްކާ ވާހަކައާއި ދޭ އިންޓަވިއުތަކާއި ތަގުރީރުތަކާއި ޕްރެސްކޮންފަރެންސް ތަކުގައި ދައްކާ ވާހަކަ އެތަން މިތާ ރެކޯޑްކޮށް ރައްކާ ކުރެވިފައި ހުންނަކަން މުއިއްޒަށް ނޭގެނީތާއެވެ. 

"ދުވަހަކު ވެސް އަޅުގަނޑު މިއަދާ ހަމައަށް އައިރުގައި، ކެމްޕެއިން ތެރެެއިން ފެށިގެން، ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރުގައި އެންމެ މައުލޫއެއްގައި ވެސް ތަފާތު ގޮތަކަށް ވާހަކަ ދައްކައިފިންތޯ،" އޭ ބުނެ ވޭމަންޑޫ ރައްޔިތުންނާ ސުވާލުކުރީ ވަރަށް ގޮތެއް ނެތީމައެވެ. އެ ސުވާލު ވޭމަންޑޫ މީހުންނާ މުއިއްޒު ކުރީ ރައްޔިތުންނަށް ފުރައްސާރަ ކުރުމުގެ ގޮތުންނެވެ. އެންމެންނަށް އެނގޭ ކަމެއްގެ ވާހަކައިން އެހެން ނޫންނަމަ ސުވާލެއް ނުކުރާނެއެވެ. 

އެއް ވާހަކަ ދެ ފަހަރު ދެ ގޮތަށް ނުދައްކާ ކަމަށް ބުނެ މުއިއްޒު އޮޅުވާލަން އެއުޅެނީ ކޮން ބަޔަކަށް ހެއްޔެވެ. އެކަކަށް އެކައްޗެއް ވެސް ނޯޅެއެވެ. މަތިމައްޗަށް ބަރަހަނާވެ ދޮގު ބޭޒާރުވުން ނޫން ކަމެއް އެކަމަކުން ނުވެއެވެ. އިތުބާރުކޮށް ސަޕޯޓްކުރާ މީހުންގެ ކުރިމަތީގައި އިތުބާރު ގެއްލުން ނޫން ކަމެއް އެ ކަމަކުން ނުވެއެވެ. 

އިންޑިއާ ސިފައިންގެ މީހެއްގެ ބޫޓު ޖޯޑެއް ވެސް ރާއްޖޭގެ ފަސްގަނޑުގައި ނުބަހައްޓާ އެ މީހުން ބޭރުކޮށްލާނެ ކަމަށް ބުނަމުން އައީ މުއިއްޒެވެ. އިންޑިއާ ސިފައިން ބޭލުމަކީ މަޝްވަރާ ކުރެވެން ނެތް ކަމެކޭ ބުނީ މުއިއްޒުގެ ދުލުންނެވެ. އެހެން ބުނީ ސަމާސާ ތާކު ނޫނެވެ. ރައީސް ކަމަށް އިންތިހާބުވީ ފަހުން ދުނިޔޭގެ މީޑިއާ އަކަށް ދިން ބަސްދީ ގަތުމެއްގައެވެ. ދެހާހަށްވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށާއި އެ މީހުން ޖެހޭނީ ވަގުތުން ވަގުތަށް ފައިބަން ކަމަށް ބުނީ މުއިއްޒެވެ. އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށާއި މަޝްވަރާ ކޮށްގެން އެ މީހުން ރާއްޖޭގައި އެންމެ ދުވަހަކު ވެސް ތިބެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ބުނީ މުއިއްޒެވެ. 

ރާއްޖޭގައި ތިބި ކަމަށް މުއިއްޒު ބުނި 2000 އިންޑިއާ ސިފައިން ތިބި ތަނެއް، ވެރިކަމަށް އެރިފަހުން މުއިއްޒަކަށް ބުނެއެއް ނުދެވުނެވެ. ނުވެސް ދެއްކުނެވެ. ސަތޭކަ ހަމަ ނުވާ އަދަދު ތަކެއް އެކި ފަހަރު އެކި ވަރަށް ބުނީވެސް މުއިއްޒު ސަރުކާރުންނެވެ. މުއިއްޒު ދެ ފަހަރު ދެ ގޮތަކަށް ވާހަކައެއް ނުދައްކާ ނޫން ހެއްޔެވެ. 

ވެރިކަމަށް އެރުމުގެ ކުރީން އިންޑިއާ ސިފައިންނާ ގުޅުވައިގެން މުއިއްޒު ދެއްކިހާ ވާހަކަ ވެރިކަމަށް އެރުމާއެކު ބަދަލުވީއެވެ. "ނަން ނެގޯޝިބަލް އިސޫ" ވެގެން ދިޔައީ ނެގޯޝިބަލް އިސޫ އަކަށެވެ. އިންޑިއާ ސިފައިން ތިބެގެން އޮޕަރޭޓް ކުރި ޑޯނިއާ ބޯޓާ ހެލްކޮޕްޓަރުތައް އެންމެ ފަހުން ޖެހުނީ ރާއްޖޭގައި ބަހައްޓާށެވެ. އެ އުޅަނދުތައް ދުއްވާ ބަލަހައްޓަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ މީހުން އެކަން ކުރުން މުއިއްޒަށް އޯކޭ ވެއްޖެއެވެ. މަދަނީ މީހުންގެ ނަމުގައި ޔުނީފޯމް ނާޅާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން އޯކޭ ވެއްޖެއެވެ. 

ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓުގެ ބޭނުން ކޮށްގެން އިންޑިއާ ސިފައިން ކުރި ހުރިހާ ކަމެއް އިންޑިއާގެ މަދަނީ މީހުން ލައްވާ ކުރުވީމާ މިޖެހެނީ ކޮންތާކު ހެއްޔެވެ. އެ އުޅަނދު ފަހަރުން އެއްކުރާ މައުލޫމާތު އިންޑިއާގެ އަޝްކަރިއްޔާއަށް ނުލިބި ދާނެެހެއްޔެވެ. އެ މައުލޫމާތު އިންޑިއަށް ނުގޮހެއް ނުހުންނާނެއެވެ. އެހެން ކަމަށް ވާނަމަ އިންޑިއާ ސިފައިން ތިބުމެކޭ ނުތިބުމެކޭ އޮންނަނީ ކޮން ތަފާތެއް ހެއްޔެވެ. އެއްވެސް ތަފާތެއް ނުއޮންނާނެއެވެ. 

އެއްވާހަކަ ދެފަހަރު ދެގޮތަށް ދެއްކުމުގައި އެނދުކެނޑިފައި ހުރި މުއިއްޒު އަނގައިން " ނުއޮންނާނެ ދައްކާފައެއް" ކިޔާ ކިތަންމެ އަޑަށް ބާރުލާ ގޮވިޔަސް އެހެން ކިތަންމެ ވާހަކައެއް ދެ އަނގައިން މުއިއްޒު އޮތީ ދައްކާފައެވެ. ދަނީ ދައްކަމުންނެވެ.  

]]>
Thu, 08 Feb 2024 15:26:04 +0500 ހީރަސްނިއުސް
މަޖިލިސް ހޯދަން ސަރުކާރުގެ އާދޮގުތައް! https://heerasnews.com/2245 https://heerasnews.com/2245 އިންސާނުންނަށް ދޮގު ހެދެއެވެ. ނޫނީ ހަދައެވެ. ބިޓެއް ހޯދަން ނޫނީ ދެމަފިރިއަކު ދުރުކުރަން ނުވަތަ މަންފާއެއް ހޯދަން އަނެއްމީހާއަށް އޮޅުވާލަން ދޮގުހަދާ ތިމާ ބޭނުންވާ ކަންކަން ޙާޞިލު ކުރެއެވެ. 

ދޮގުހެދުމުގެ ތެރޭންވެސް އާދަޔާ ހިލާފު ބޮޑު ކަމަކީ ގައުމެއްގެ ރައްޔިތުންނަށް ދޮގު ހެދިހެދީނުން ގޮސް ވެރިކަން ހޯދުމެވެ. ދިވެހިން މިތިބީ އެދަންތުރައިގައި ރަނގަޅަށް ބެދިފައެވެ.

މިހާރު އޮތް ސަރުކާރު ވެރިކަމަށް އަންނަން ކުރި ކެމްޕޭނުގައި ހެދި ދޮގުތަކަށްފަހު ވެރިކަން ލިބުނެވެ. 2 ހާހަށްވުރެ ގިނަ ހަތިޔާރު އެޅި އިންޑިއާ ސިފައިންނާ ރައީސް ޔާމީނުގެ ހުސްގޮނޑި ހުވާކުރުމުގެ ރަސްމިއްޔާތާ ހަމައިން ގެއްލި އެހިސާބުން އެކަން އާތްވަށް އަރައިގެން ދިޔައެވެ.

އެއްބަޔަކު އަތްދޫކޮށް އަނެއްބަޔަކު އެއްޗެއް ނުވަތަ ކަމެއް މެނޭޖްކުރަން ހަވާލުވުމުގެ ކުރިން މިޒަމާނުގައި ހަދާއެއްޗަކީ ޑިއުޑެލިޖެންސް ކިޔާ އެއްޗެކެވެ.  

ރިސޯރޓެއް ވިއްކާލާ އިރު ގަންނަ ބަޔަކު އެތަން ގަންނަނީ މިބުނާ ޑިއުޑެލިޖެންސް ހަދާފައި އެއީ ކުރަން ރަނގަޅު ފައިދާ ބޮޑު ވިޔަފާރިއެއް ކަމަށް ހިސާބު ތަކުން ކަށަވަރު ވީމާ ނޫނީ ގަންނަ މީހާ އެރިސޯރޓެއް ނުގަންނާނެއެވެ.

ކުރުކޮށް ބުނާނަމަ އެކުރާ ކަމަކީ ވަތްގަނޑުގައި ހުރި އެއްޗަކާ، އަންނަން އޮތް އެއްޗަކާ ދާން އޮތް އެއްޗެއް އަޅާ ކެނޑީމާ ވެސް ފައިދާ ވާތީ ޑީލް ނިންމަނީއެވެ.

ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާއަކީ ވެސް ޑިއުޑެލިޖެންސެވެ. ހުވާ ކުރުމުގެ ކުރިން މިޕްރޮސެސް ހިންގުމަކީ ގާނޫނީ މަރުހަލާއެކެވެ. އެއް މަސްވަންދެން ސަރުކާާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތަކަށް ވަފުދުތައް ފޮނުވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އެވެ. އެމަގާމަށް މީހަކު ކަނޑަޅާނީ އިންތިހަބީ ރައީސްއެވެ. 

ސަރުކާރުގައި ހުރި އެއްޗަކާ، ދާން އޮތް އެއްޗަކާ އަންނަން އޮތް އެއްޗެއް ހިސާބު ކުރުމަށްފަހު، ބަރާބަރަށް ގައުމު ހިންގޭނެތީ ރައީސް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ހުރިހާ ބިލެއް އެއްކޮށްލީމާ 30 މިލިއަނާ ގާތްކުރާ ރުފިޔާ 2 ދެގަޑިއިރުން ބާދަގަނޑަށް ހަދާލީ އިގްތިޞޯދުގައި ވަރުހުރެ، މާލިއްޔާގައި ބޯކޮށް ފައިސާ ހުރީމައެވެ.

މިޕްރޮސެސް ފުރިހަމަވެ، ހުވާ ކުރެެއްވުމަށް ފަހުގައި ވެސް ރައީސް މުއިއްޒު އިއުލާން ކުރެއްވި ބޮޑެތި ކަންކަން ހަނދާން ކޮށްލާށެވެ. ވާދޫ ކަނޑު ހުރަސްކޮށް ބިޔާދު އަތޮޅަށް ކަނޑުއަޑިން ރޭލުގައި ދެވޭ ބިއްލޫރި ޓަނަލެއް އަަޅަން ނިންމެވީ ރައީސް މުއިއްޒެވެ. ބަލިމީހުން ޑުބާއީ އާއި ބެންކޮކަށް ފޮނުވައިގެން ފަރުވާދޭ ވާހަކަ ވިދާޅުވީ ވެސް އެ މަނިކުފާނެވެ. މިހާރުވެސް ވަޑައިގަންނަވާ ރަށްތަކަށް އެހެރަވާ ވައުދު ތަކެވެ. އެއަރޕޯޓާއި މަގުތަކާއި ކޯޒްވޭތަކާއި، ބަސަރާގެ މޮޅު ކަދުރާ އެކަދުރު ކާން ރައްޔިތުންނަށް ކޭސް ކޭހުގައި ރަން އިލޮއްޓެވެ. ހަމަ އަނެއް ނޭވާގައި ދައުލަތުގެ މާލިއްޔާގައި އެއްޗެއް ނެތް ވާހަކައެވެ. ބަޔަކު މޮޔަ ނުވިއްޔާ ދެރައެވެ.

މިހާރު މިއޮތީ މަޖިލިސް އިންތިހާބެވެ. މިފަހަރު ހަދަންޖެހޭނީ އާ ދޮގު ތަކެކެވެ. މަޖިލިސް ވޯޓުހޯދަން ރައްޔިތުން އަރުވަން ޖެހޭނީ މުޅިން އެހެން ޅޮސް އުނދޯއްޔަކަށެވެ. އިގްތިޞޯދު އިނދަޖެހި، ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހޭ ވާހަކަ މިހާރު ވިދާޅުވަނީ ހަމްދަރުދީ ކާޑް ކުޅެގެން މަޖިލިހުގެ ވޯޓް ހޯދަން ކަމަށް ވާނަމަ އެޖަހަނީ ރަނގަޅު ހިސާބެއް ނޫނެވެ.

އެންމެ ހައްގުވެރީންނަށޭ ވިދާޅުވެ ހަމަ އެކަނި ސަރުކާރު ހޮސްޕިޓާ ތަކުން މަދު ބަޔަކަށް އާސަންދަ ދޭން ނުނިންމަވައްޗެވެ.

ސަބްސިޑީ ލިބޭނީ ހަމައެކަނި ނިކަމެތިންނަށް ކަމަށް ނިންމަވާ އެހެން މީހުންގެ ފެންބިލާ ކަރަންޓް ބިލު ބޮޑު ކުރައްވަން އުޅެގެން ނުވާނެއެވެ. ދައުލަތުގައި އެއްޗެއް ނެތޭ ވިދާޅުވެ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރާކަށް ރައްޔިތުން ނުރުހޭނެއެވެ. 

ހުވާ ކުރެއްވީ ރަނގަޅަށް ހިސާބު ކުރެއްވުމަށް ފަހުގައެވެ. ހުރިހާ ޕްރޮޖެކްޓް ވާނީ ކުރިއަށް ގެންދާށެވެ. ރައްޔިތުންނަށް ލިބޭ އެއްވެސް ހިދުމަތެއް އުނިކޮށް ލޯލާރިއެއްވެސް ކަނޑައިގެން ނުވާނެއެވެ.

އިގްތިޞޯދީ ދަތިވާހަކަ ދައްކާ ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވޭނެ ވާހަކަ ދައްކާ ނިމިގެން އަނެއް ނޭވާގައި ވިދާޅުވަނީ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކައެވެ. ނުވިތާކަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އިއްޔެ  ވިދާޅު ވަނީ ވަރަށް އަވަހަށް ރާއްޖޭގެ އެތަން މިތަނުން ޑުބާއީގެ މަންޒަރުތައް ފެންނަ ވާހަކައެވެ. ދުލުގައި ގޮއްނުޖެހޭތީ ދޮގުހަދަމުން ތިބެ އަނގަދިޔާ ކުރާއިރު ކިޔޭ ނުކިޔޭ އެއް ވާއެއް ނުވާއެއް ސާފެއް ނުވެއެވެ.

ކޮވިޑް19ގެ ޢާލަމީ ވަބާއަކީ ރައީސް ސޯލިހުގެ ކެމްޕޭނު ވައުދަކުން ގެނައި އެއްޗެއް ނޫނެވެ. އެއީ ކުއްލިއަކަށް ލައިގަތް ބޮޑު މުސީބާތެކެވެ. ރައްޔިތުންނަށް ލިބޭ އެއްވެސް ހިދުމަތެއް އުނި ނުކޮށް، ސަރުކާރު މުވައްޒަފުންގެ މުސާރައިން ލޯލާރިއެއް ވެސް ނުކަނޑާ އެ 2 އަހަރާ އަނެއް 3 އަހަރު ގައުމު މެނޭޖްކުރީ ރައީސް އިބޫއެވެ. ކޮވިޑްގައި ވަޒީފާ ގެއްލި ހާލުގަ ޖެހުނު އެންމެނަށް ރައީސް އިބޫ ސަރުކާރުން އެހީތެރިވިއެވެ.

ދިވެހިރައްޔިތުން އިބޫ ނޫންގޮތެއް ހޯދައިގެން ރައީސް މުއިއްޒު ވެރިކަމަށް ގެނައީ ހާލުގައި ޖެހޭކަށް ނޫނެވެ. އިބޫ ސަރުކާރަށްވުރެ ރަނގަޅު މޮޅު ގޮތް ބޭނުންވާތީއެވެ. ވީމާ ކުރީގެ ޑްރާމާ ބާވެ އާޑްރާމާ ތަކެއް ޖައްސައިގެން މަޖިލިސް ގޮނޑިތަކަށް ވޯޓު ހޯދޭނެކަމަށް ދެކޭނަމަ މިސަރުކާރަށް ވަރަށް ވެދުމެވެ.

]]>
Wed, 07 Feb 2024 11:58:29 +0500 ހީރަސްނިއުސް
ގައްސާނު ކުރެއްވީ މުއިއްޒަށް މަލާމާތާ ފުރައްސާރަ https://heerasnews.com/2242 https://heerasnews.com/2242 އިއްޒަތްތެރި ދިފާއީ ވަޒީރު ގައްސާނު މައުމޫނެވެ. ވެރިމިހާގެ އަރިހުގައި ހުންނަވައިގެން ވެރިމީހާއަށް މަލާމާތްކޮށް ފުރައްސާރަ ކުރެއްވޭނީ ތިޔަހާކަށް ވަރަށެވެ. ރައީސް ޔާމީނުގެ މައްޗަށް ގިނަ ބައެއްގެ ހިތުލޯބި ހުސްކޮށްލައިގެން ތިބި ތ. ގުރައިދޫގައި ރައީސް މުއިއްޒު ފަލީހަތް ކޮށްލެއްވޭނީ ތިޔަހާކަށް ވަރަށެވެ. 

އާދޭހެވެ. ވަރަށް ބޮޑު ތެދުފުޅެކެވެ. ރައީސް މުއިއްޒު ދެކެ މީހުން އިހުލާސްތެރި ލޯބި ނުވަނީ ގަދަބަސް ވިދާޅުވާތީއެވެ. ރައީސް މުއިއްޒު ވަރުގެ ބޭފުޅަކު ދުނިޔޭގައި ނެތްކަމަށް އަމިއްލައަށް ދެކިވަޑައިގެން ކުރައްވާ ކަންކަމުންނެވެ. ރައްޔިތުންނަށް މުއިއްޒު ކުރައްވާ ގަދަ ފަދަ އަމުރު ތަކުންނެވެ.

ތެދުފުޅެކެވެ. ރައީސް މުއިއްޒަކީ މަޑުމައިތިރިކަމާ ލޯތްބާއެކު ރައްޔިތުންނާއި މުހާތަބު ކުރައްވަން ދެނިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ދޫފުޅަކީ ދޮގާއި އޮޅުވާލުމުގައި ވަރަށް ވިހަގަދަ ތޫނު ހަތިޔާރެކެވެ. މޫނުފުޅަށް ރުލެއްވެސް އަރުއްވާ ނުލައްވާ ބުހުތާން ދޮގު ހެއްދެވުމުގައި ލާމަސީލު މިސާލެކެވެ. ގައްސާނުގެ ވާހަކަފުޅު ތަކުން ރައްޔިތުންނަށް ސާބިތު ކޮށްދެއްވެވީ ރައީސް މުއިއްޒުގެ ބަސްފުޅުގެ ދޮގުކަމެވެ. ރައީސް މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކާއި ހިލާފުވެ ވަޑައިގަންނަވާ ކަމާއި އުނބަށް ޖެއްސެވުމުގައި ރައީސް މުއިއްޒަކީ ދެވަނައެއް ނެތް ބޭފުޅެއް ކަމެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް އެއްރަށަކުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ތ. ގުރައިދޫ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓިދިން މައިގަނޑު ސަބަބަކީ ރައީސް ޔާމީނު މިނިވަން ކުރުމެވެ. ގުރައިދޫ ރައްޔިތުންގެ ކުރިމަތީގައި މަތިމައްޗަށް މުއިއްޒު ވެވަޑައިގެން ވައުދަކީ ރައީސް ޔާމީނު މިނިވަން ކުރެއްވުމެވެ. ރައީސް ޔާމީނު މިނިވަން ކުރައްވަން ވެވަޑައިގެން ބުހުތާން ވައުދު ނުފުއްދަވާކަން ގުރައިދޫ ރައްޔިތުންނަށް އެނގެއެވެ. ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތަ ނުދެއްވަން ކުރެއްވެން އޮތްހާކަމެއް ރައީސް މުއިއްޒު ކުރައްވާނެކަން އެންމެނަށް އެނގެއެވެ. 

ރައްޔިތުންގެ ބުރަ މަސައްކަތުން ގައުމުގެ އޮއިވަރު ބަދަލު ކުރިނަމަވެސް ގައުމުގެ ދުވެލި ތަރައްގީގެ މިސްރާބާ ދިމާލަށް ބަދަލުނުވާކަން ގައްސާނަށް ވިސްނިވަޑައިގަނެއެވެ. ފުރުސަތުގެ ބޭނުން ރައްޔިތުން ހިފާ ރައީސް މުއިއްޒު ދޫކޮށްލުމަށް ގުރައިދޫ ރައްޔިތުންނަށް ގައްސާނު މެސެޖް ދެވީއެވެ. ރައީސް މުއިއްޒުގެ ކުރިފުޅުމަތީ ހުންނަވައިގެންނެވެ.

ވާނީވެސ އެހެންތާއެވެ. ރައީސް މުއިއްޒުގެ އިއްޒަތާއި އިތުބާރާއި ހައިބަތު މީހުންގެ ކުރިމަތީގައި އުފުލެމުން ނުދާކަން ގައްސާނަށް އެނގިވަޑައިގަންނަވައެވެ. ހަތުރުން ފާރަވެރި ކަޅިއަކުން ހިތްހަމަނުޖެހި ފިލާތިބެ ކަންކަން ބަލަމުންދާ ކަމަށް ގައްސާން މައުމޫނު ވިދާޅުވީ އެހެން ވެގެންނެވެ. 

ގައްސާނު އެވިދާޅުވާ ފިލާތިބެ ރައީސް މުއިއްޒު ކަންކަން ބަލަމުންދާ ހަތުރުންނަކީ އިދިކޮޅު އެމްޑީޕީއެއް ނޫނެވެ. އެހެނީ އެމްޑީޕީން ރައީސް މުއިއްޒުގެ ކަންކަމަށް ފާރަވެރިވަނީ ފިސާރި ފާޅުކަން ބޮޑުކޮށެވެ. އެކަމަކު ފިލާތިބެ ރައީސް މުއިއްޒަށް ފާރަވެރިވާ ހަތުރުންނަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ބައިވެރިންނެވެ. ރައީސް ޔާމީނުގެ ވަފާތެރިން ގިނަ ތ. ގުރައިދޫގައި މުއިއްޒު ކުރިފުޅުމަތީ ހުންނަވާ ގައްސާނު ކުރެއްވީ ރައީސް މުއިއްޒަށް މަލާމާތާ ފުރައްސާރައެވެ. 

]]>
Tue, 06 Feb 2024 13:07:10 +0500 ހީރަސްނިއުސް
ޝަރީއަތުން ނޫނީ އެކެއްގެ އެއް ފްލެޓް ވެސް ގެއްލިގެން ނުވާނެ https://heerasnews.com/2241 https://heerasnews.com/2241 ކާކު އިތުބާރު ކުރަންވީ ކާކަށް ހެއްޔެވެ. ދައުލަތުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދޭ ރަސްމީ ލިޔުމަކީ އިތުބާރު ނުކުރެވޭ އެއްޗެއް ކަމަށް އޭސީސީން ކަނޑައަޅައިފިއެވެ. ރަށު ކައުންސިލަކުން ރަށުގެ ރައްވެއްސަކާ ގުޅޭގޮތުންދޭ ރަސްމީ ލިޔުމަށް އިތުބާރު ނުކުރެވޭ ހިސާބަށް ދިޔުމުން އޭސީސީގެ ބަހަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ. 

ރަށްރަށުން މާލެއައިސް މާލޭގައި ދިރިއުޅޭހާ މީހުންނަކީ ތަންތާ ވަޒީފާގައި އަބަދު އުޅޭ ބައެއްއް ނޫނެވެ. ބައެއް މީހުން ވަޒީފާ އަދާކުރި ކުންފުނިތަކާއި އޮފީސްތަކާއި ކިޔެވި ސުކޫލްތައް ވުޖޫދުގައި މިހާރަކު ނެތެވެ. އެތަން ތަނުން ލިޔުން ހޯދައިގެން ކުރަންވާ ކަމެއް އެފަދަ މީހުން ތިބެން ޖެހެނީ ނުކޮށެވެ. 

މަލޭގައި އެންމެނަކު އުޅުނީކީ ފެށުނީއްސުރެ އެއްގެއަކު ނޫނެވެ. އެއް ވަޒީފާއެއްގައި އެއް ތަނެއްގައެއް ނޫނެވެ. ދިހަބާރަ ގޭގައި ދިރިއުޅުނު އާއިލާތައް މަދެއް ނުވާނެއެވެ. އެހުރިހާ ތަންތަނުން ލިޔުން ހޯދުމަކީ ފަސޭހަ ރަހުމަތެއްގައި ވެވޭކަށް އޮންނަ ކަމެއް ނޫނެވެ. އެހެން ނޫނަސް ދިރިއުޅުނު ގެއެއްގެ ވެރިފަރާތުންދޭ ލިޔުމަކީވެސް ބަލައިގެން ވާން އޮތް އެއްޗަކަށް ނުވެއެވެ.

މާލޭގައި ދިރިއުޅުނުކަން ދަންނަ ހެކިންދޭ ހެކިބަހަކީވެސް ބަލައިގަނެވޭ އެއްޗަކަށް ވަނީއެއް ނޫނެވެ. އިސްލާމީ ޝަރީއަތުގައި ކުށް ސާބިތު ކުރަން ހެކިބަސް ބަލައި ގަނެވުނަސް ފްލެޓް ހައްގުވުމަށް ޕޮއިންޓް ލިބުމުގައި ހެކި ބަހަކީވެސް ބުރަދަނެއް އޮތް އެއްޗެއް ކަމަކަށް ނުވެއެވެ. 

މިކަހަލަ އެތައް ސަބަބުތަކަށްޓަކައި އެމީހަކު ނިސްބަތްވާ ރަށެއްގެ ރަށު ކައުންސިލު ނުވަތަ ސިޓީ ކައުންސިލުން ދޭލިޔުން ބަލައިނުގަނެވޭ ވަރަށް ގޮތް ބޮޑުވީމާ ފްލެޓް ހައްގުވާ ކަމަށް ކަނޑައެޅިފައިވަ 400 މީހުންގެ %60 ޕަސެންޓް ކިއްކުރަން ހެއްޔެވެ. ސަތޭކަ ޕަސެންޓް މީހުންނަށް ވެސް ފްލެޓް ހައްގެއް ނުވާނެއެވެ. 

ކައުންސިލު ތަކާއި ގޭގޭވެރިން ދޮގު މައުލޫމާތު ދީގެން ޝަރުތު ހަމަކުރުވިއްޔޭ ކިޔައިގެން އޮޅުވާލަން ނުހަދާށެވެ. ފްލެޓަށް ޝަރުތު ހަމަވީ އެންމެ 4000 މީހުނެއް ނޫނެވެ. 15000 މީހުންނަށްވުރެ ގިނަ ބަޔަކަށް ޝަރުތު ހަމަވެއެވެ. ކުރީ ސަރުކާރުން އިއުލާނުކުރީ ފުރަތަމަ ނިމޭ 4000 ފްލެޓަށް ހޮވޭ މީހުންނެވެ. ފުރަތަމަ 4000 މީހުން ހޮވީ މާރކްސް ލިބިފަހުރި ތަރުތީބުން މަތިން ތިރިއަށެވެ. އޭގެ މާނައަކީ ދެންތިބި މީހުން ޝަރުތު ހަމަ ނުވުމެއް ނޫނެވެ.

މުޅި މަފްހޫމް އޮޅުވާލައިގެން ފްލެޓް ހައްގުވާ ކަމަށް ކަނޑައެޅިފައިވާ ބައެއްގެ ތެރޭން އެތައް ބަޔަކަށް ޝަރުތު ހަމަނުވާ ކަމަށްބުނެ އެމީހުން އެ ހައްގުން މަހުރޫމުކޮށް އެހެން ބަޔަކަށް ފްލެޓް ދީގެން ފަރަކު ނުޖެއްސޭނެއެވެ. %60 މީހުން ފްލެޓް ޝަރުތު ފުރިހަމަ ކޮށްފައިވަނީ  ދޮގު މައުލޫމާތު ދީގެންކަން ޝަރީއަތަށް ސާބިތުނުކޮށް މުއައްސަސާއަކުން ނިންމާފައި އޮތް ނިންމުމެއް ބަދަލުކޮށް ބައެއްގެ ހައްގެއް ނިގުޅައެއް ނުގަނެވޭނެ. 

ރަށު ކައުންސިލްތަކާއި ހެކިންނަށް އިތުބާރު ނުކުރާނަމަ އެންޓި ކޮރަޕްޝަން ކަމިޝަނުން ކޮރަޕްޝަނެއް ނުހިންގާނެ ކަމަށް ބަލަން އެތާ ތިބެނިއްޔަކީ މަލާއިކަތުންނެއް ނޫނެވެ. ފާޑުފާޑުގެ ހަމަ އަޅުވައިގެން ޑރ. މުއިއްޒު ބޭނުންވާ ބަޔަކަށް ފްލެޓްތައް ބަހާލަން އޭސީސީން ޖާގަ ހަދާދިން ދިނުން ބަލައެއް ނުގަނެވެއެވެ. މަޖިލިސް އިންތިހާބަށް ޑރ. މުއިއްޒަށް އޭސީސީން ދޮންކޮށްދޭ ދޮންކެޔޮ ގަނޑަކަށް 4000 ފްލެޓް ހަދަނީ ހެއްޔެވެ.

ހަމަތެދެކެވެ. މޮޅެތީ ވާހަކަ ދައްކައިގެން ދރ. މުއިއްޒު ޖަހާ ޗައްކަރުގައި ބަޔަކު ބައްދަން އޭސީސީން ހިންގި ޖަރީމާ މާގޯހެވެ. ހައުސިންގ މިނިސްޓްރީއާއި އޭސީސީން ކޮންމެ ވާހަކަ އެއްދައްކާ ކޮންމެ ހަމައެއް އެޅުވިޔަސް ވަރިހަމައެވެ. ފްލެޓް ލިބުމުގައި ދޮގު މައުލޫމާތުގެ މައްޗަށް ޕޮއިންޓް ލިބިފައިވާކަން ސާބިތުވާ މައްސަލަތައް ވަކިވަކީން ޝަރީއަތަށް ސާބިތު ނުކޮށް އެކެއްގެ އެއްފްލެޓް ވެސް ގެއްލިގެން ނުވާނެއެވެ. 

]]>
Mon, 05 Feb 2024 17:05:00 +0500 ހީރަސްނިއުސް
މުއިއްޒުގެ ފުރަތަމަ ރިޔާސީބަޔާން އިއްވާނީ އަސްލަމްގެ ރިޔާސަތުގަ: ހުސައިން https://heerasnews.com/2238 https://heerasnews.com/2238 ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރ ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ. ހުސައިން އެހެން ވިދާޅުވީ  މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމު ނޫން އެހެން މެންބަރަކަށް ރިޔާސަތު ހަވާލުކުރުމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގޮވާލެއްވުމާ ގުޅިގެން ހީރަސް ނިއުސްއިން ދެންނެވި ސުވާލަކާ ގުޅިގެންނެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ކުރެއްވި އެކްސްއެއްގައި ގޮވާލައްވައިފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވެއްދުމާ އެކުގައި، ނަޝީދު ވެސް ރިޔާސަތުން ދުރަށް ޖެހިވަޑައިގެންނެވި ކަމަށާއި، މާދަމާގެ މަޖިލިހުގެ ރިޔާސަތު ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންނާ ހަވާލުކޮށް ދެއްވުމަށެވެ. 

ސަރުކާރަށް ތާއީދުކުރާ 23 މެންބަރުން ސޮއިކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބުރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. އެކަމުގެ ނޯޓިސް އެބޭފުޅުންނަށް ފޮނުވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. 

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމެއް އޮތް ކަމުގައި ވިޔަސް އެ ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމުގެ ޖަލްސާ ނޫން އެއްވެސް ޖަލްސާއެއްގެ ރިޔާސަތު ރައީސާއި ނައިބު ރައީސް ބެލެހެއްޓެވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ ހިސާން ހުސައިން ވެސް ވިދާޅުވަނީ މާދަމާގެ ޖަލްސާގެ ރިޔާސަތު ރައީސް އަސްލަމު ބެލެހެއްޓެވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށެވެ. 

އުސްތާޒާ ހިސާން ވިދާޅުވި ގޮތުގައި މަޖިލީހުގެ ކުރީގެ ރައީސް، ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅުމުން ދުވަސް ކޮޅަކަށް ރިޔާސަތުން ތަނާޒުލްވެ ވަޑައިގަތުމަށް ފަހުވެސް އިތުބާރުނެތް ކަމުގެ ގަރާރު މަޖިލީހުގައި އޮއްވާ، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ރައީސް ނަޝީދު ވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައިވެއެވެ.

މެންބަރު ހުސައިން ޝަހީމް ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ފާޅު އެ ކުރައްވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ރައުޔު ކަމަށެވެ. ޓޮމްގެ އެ ވާހަކަފުޅަކީ މަޖިލީހުގެ ގަވައިދާއި އެއްވެސް އިޖުރާތަކާ ގުޅުމެއް ނެތް ވާހަކަފުޅެއް ކަމަށް ހުސައިން ވިދާޅުވިއެވެ.

]]>
Sun, 04 Feb 2024 15:57:08 +0500 ހީރަސްނިއުސް
ކާމިޔާބު ޕްރައިމަރީއެއް & 40 ޓިކެޓް ކަށަވަރު https://heerasnews.com/2237 https://heerasnews.com/2237 ޑިމޮކްރެޓިކް ފުރިހަމަ ހަރަކާތެއް އެމްޑީޕީ އިއްޔެ ހިންގާ ނިންމާލީ ވަރަށް ސުލްހަވެރިކޮށެވެ. އެމްޑީޕީން އިއްޔެ ބޭއްވީ ވަރަށް ކާމިޔާބު ޕްރައިމަރީއެކެވެ. އެކަމަށްޓަކާ އެމްޑީޕީގެ ޗެއަރޕަރސަން އަލްއުސްތަޒު ފައްޔާޒު އިސްމާއީލް ވަނީ އެ ޕާޓީގެ އެންމެހާ މެންބަރުންނަށް ޝުކުރު އަދާކުރައްވަފައެވެ. އެމްޑީޕީގެ ޕާޓީ ޓިކެޓު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ފައްޔާޒު ވަރަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޕާޓީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ ޕްރައިމަރީ އޮތް 40 ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ބޭފުޅުންނަކީ:

  1. ބާރަށު ދާއިރާ: އަލީ އަސްގަރު
  2. ކެލާ ދާއިރާ: އަހުމަދު ގާލިބު
  3. ހަނިމާދޫ ދާއިރާ: އަބްދުލްޣަފޫރު މޫސާ
  4. ނޮޅިވަރަމް ދާއިރާ: އަލީ އަބްދުލް ރަހުމާން
  5. ކުޅުދުއްފުށި ދެކުނު ދާއިރާ: އަލީ ވަހީދު
  6. ކޮމަންޑޫ ދާއިރާ: މުހައްމަދު ސިނާން
  7. ކެނދިކުޅުދޫ ދާއިރާ: އަބްދުﷲ ޝަހީދު
  8. މަނަދޫ ދާއިރާ: އަހުމަދު ހާރޫނު
  9. ވެލިދޫ ދާއިރާ: މުހައްމަދު އަބްދުﷲ ޝަފީގު
  10. އަލިފުށި ދާއިރާ: މުހައްމަދު ރަޝީދު ހުސައިން
  11. އުނގޫފާރު ދާއިރާ: އިބްރާހީމް ޝިޔާމް
  12. މަޑުއްވަރީ ދާއިރާ: ނަސްރުﷲ ހުސައިން
  13. ހިތާދޫ ދާއިރާ: އާޔަތުﷲ ހުސައިން
  14. ކެންދޫ ދާއިރާ: މައުރޫފް ޒާކިރު
  15. ނައިފަރު ދާއިރާ: އަހުމަދު ޔާސިރު
  16. ކާށިދޫ ދާއިރާ: އަބްދުﷲ ޖާބިރު
  17. މަހިބަދޫ ދާއިރާ: އަހުމަދު މުއާޒު އަބްދުﷲ ޖާބިރު
  18. ކެޔޮދޫ ދާއިރާ: މުހައްމަދު ނިއުޝާދު
  19. ބިލެތްދޫ ދާއިރާ: އަހުމަދު ހަލީމު
  20. ކުޑަހުވަދޫ ދާއިރާ: ހަމްޒަތު ދޮން މަނިކު
  21. ވިލުފުށި ދާއިރާ: އާދަމް މުހައްމަދު
  22. ކިނބިދޫ ދާއިރާ: މުހައްމަދު ނާޝިޒު
  23. އިސްދޫ ދާއިރާ: އަހުމަދު ޝުހާދު
  24. މާވަށު ދާއިރާ: އަހުމަދު ޝާކިރު
  25. ވިލިނގިލި ދާއިރާ: ސައުދު ހުސައިން
  26. ތިނަދޫ ދެކުނު ދާއިރާ: ޒިފްލީން ހަސަން
  27. މަޑަވެލި ދާއިރާ: އިބްރާހީމް ނާފިޒު
  28. ފުވައްމުލައް ދެކުނު ދާއިރާ: ނަޒްރާ ނަސީމް
  29. ހުޅުދޫ ދާއިރާ: ސާމިއު އަންވަރު
  30. މަރަދޫ ދާއިރާ: އަހުމަދު ދީދީ
  31. ހިތަދޫ މެދު ދާއިރާ: މުހައްމަދު ޝުއާއު
  32. މީދޫ ދާއިރާ: މުހައްމަދު ޞަބްރީ
  33. ފޭދޫ އުތުރު ދާއިރާ: އަހުމަދު ޝަރީފް
  34. މަތިވެރި ދާއިރާ: އަހުމަދު އަސްލަމް
  35. ތޮއްޑޫ ދާއިރާ: ހުސައިން ސަމީރު
  36. ހުޅުމާލެ ދެކުނު ދާއިރާ: އަހުމަދު ޝަމްހީދު
  37. ވިލިމާލެ ދާއިރާ: އަބްދުލް މަޖީދު މުޝައްރަފް އަބްދުލް ރައްޒާގު
  38. ހެންވޭރު ހުޅަނގު ދާއިރާ: އަހުމަދު ސަލީމް
  39. ހުޅުމާލެ މެދު ދާއިރާ: ސަފާތު އަހުމަދު ޒާހިރު
  40. ހުޅުމާލެ އުތުރު ދާއިރާ: މޫސާ އަލި މަނިކު

އިސްވެ ބުނެވިދިޔަ 40 ދާއިރާ ނޫން އެހެން ދާއިރާތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުންވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.  ޕްރައިމަރީގައި ވާދަކުރައްވާ ޓިކެޓް ކާމިޔާބު ނުކުރެއްވުނު ބޭފުޅުންގެ ތެރޭގައި މިހާރުގެ އިއްޒަތްތެރި މެންބަރުން ކަމުގައިވާ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ކެޔޮދޫ ދައިރާގެ އިއްޒަތްތެރި މެންބަރ ހުސައިން ގާސިމާއި މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ ރޮޒައިނާ އާދަމް ހިމެނި ވަޑައި ގަންނަވައެވެ. އެމްޑީޕީ މަޖލިސް ޕްރައިމަރީގައި ވޯޓު ލާފައިވަނީ 16،048 މީހުންނެވެ.

]]>
Sun, 04 Feb 2024 13:51:12 +0500 ހީރަސްނިއުސް
ކުރީގެ ޕީޖީއަށް އެޑްވައިޒަރކަން! މިހާރުގެ ޕީޖީއަށް މަރުތެޔޮ! https://heerasnews.com/2233 https://heerasnews.com/2233 ދިވެހިބަހުން މަރުތެޔޮ ކިޔަސް މަރުތޭލަށް މަރުތެޔޮ ކިއުނީ އޭގެ ނަމާ މީހުންގެމަރާ އެއްވެސް ގުޅުމެއް އޮތީމައެއް ނޫނެވެ. އިޓަލީ ބަހާއި ޕޯޗްގީޒު ބަހުން މަރުތޭއްލޯ އަކީ ދިވެހިން މިގެންގުޅޭ މަރުތޭލެވެ.

ކުރީގެ ޕީޖީ އަލްއުސްތާޒު މުހުތާޒް މުހްސިނަކީ ގާނޫނީ އިލްމުގައި ކުޅަދާނަ ގާބިލް ހެތްވެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު މާގަޔާވެގެން އެދައުރުގައި ޕްރޮސެކިއުޓަރ ޖެނެރަލްކަން މުހުތާޒަށް ދެއްވިއެވެ. ވީގަޔާވުން ފޫއްސަށް ބަދަލުވުމާއެކު ހަމަ އެދައުރުގެ ފަހުބައިގާ އެވެރިކަން ނިމެންދެން މުހުތާޒު އޮންނެވީ ޖަލުގައެވެ.

ރައީސް  ސޯލިހުގެ ވެރިކަން ފެށި އެފަދަ ހުރިހާ ބޭފުޅުންނާއެކު މުހުތާޒް މިނިވަން ވިޔަސް ރައީސް ޔާމީނާ މުހުތާޒަކީ ފަހުން މިތުރުންނެއް ނޫނެވެ.

ރަައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތް ތަޅުދަނޑިއަކީ ރައީސް ޔާމީނެވެ. އެހެން ނަމަވެސް ރައިސްކަން ލިބިވަޑައިގަތް ފަހުން މުއިއްޒުގެ އަރިހުން ޖާގަ ތަނަވަސްވާ އެއް ބަޔަކީ ރައީސް ޔާމީނާ ހިތްހަލާލު ނޫން ކަހަލަ ބޭފުުޅުންނެވެ. 

ރައީސް ޔާމީންގެ ޖަލުހުކުމް އޮތްތާ އޮއްވާ ޒާތެއްގެ ކަމެއް ހިނގައިފިއެވެ. އެއީ ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރކަން ކުރީގެ ޕީޖީ އަލްއުސްތާޒު މުހުތާޒު މުހުސިނަށް ދެއްވުމާ އެކު އެކީ މިހާރުގެ ޕީޖީ އަލްއުސްތާޒު ހުސެން ޝަމީމަށް މަރުތޭލަކުން މަގުމަތިން ހަމަލާ ދިނީއެވެ.

ކަންހިނގި ގޮތަކީ މިއީއެވެ. އަދި މިކަމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރެއްވީ ޕީޖީ ޝަމީމަށްދިން ހަމަލާއަކީ ސިޔާސީ ކަމެއްގެ ގޮތުގައެވެ.

ރައީސް ސޯލިޙް އެވިދާޅުވި ވިދާޅުވުމަށް ހަގީގީ ބާރު ލިބިދެނީ އެ މަނިކުފާނު އެހެން ވިދާޅުވުމާ އެކު ސަރުކާރު ހީވީ ކަރަންޓްގައި ޖެހުނު ހެންނެވެ.

މައްސަލައިގެ ބޮޑުކަމާ ސީރިއަސް ކަމާ ކުރަން އޮތް ތަހުގީގުގެ ޕްރޮފެޝަނަލް ވެލިއު ދޫކޮށް ރައީސް ސޯލިހު ވިދާޅުވި އެއްޗެއް ތަހުގީގު ކުރަން ހޯމް މިނިސްޓަރ ތެޅިގަތީމާ ޕީޖީ ޝަހީމަށް ދިން ހަމަލާގެ ސިޔާސީ ބައި ބަރަހަނާވާ ގޮތް ވެއްޖެއެވެ. 

ކޮންމެ ގޮތެއްވިޔަސް ޑިމޮކްރެޓިކް ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކާ ނިކަން ޒީލަ ގަދަ ޖޯރު ހުރި އިދިކޮޅު ހަރަކާތް ހިނގަން ޖެހެއެވެ. މިކަމަށްޓަކާ ނެގިމަޑުވެ، ގިއަރު ކަނޑާލައިގެން އޮތް އެމްޑީޕީ ގިއަރަށް އަރާން ޖެހެއެވެ.

ކޮންމެ ފާޑަކަށް ވެސް ރައީސް ސޯލިހުގެ ތަހުގީގެއް ފަށާ ނުވިތާކަށް އެމަނިކުފާނު ހައްޔަރެއް ކޮށްލުމަކީ އެމްޑީޕީ ބަބުރަށް އަރަން ލިބޭނެ ރަނުގެ ފުރްސަތެކެވެ.

]]>
Thu, 01 Feb 2024 13:21:23 +0500 ހީރަސްނިއުސް
މުއިއްޒު އަޒުލް ކުރާ ވާހަކަ 20 ފަހަރު ލިއުމުން ހީރަސް ނޫހަށް ސައިބަރ ހަމަލާ! https://heerasnews.com/2232 https://heerasnews.com/2232 30 ޖެނުއަރީ 2023ވީ އަންގާރަ ދުވަހަކީ ރައީސް މުއިއްޒު ހުވާކުރެއްވިތާ 2 މަހާ 13 ވަނަ ދުވަހެވެ. އެދުވަހަކީ ރައީސް މުއިއްޒު ގާނޫނީ ހަމަތަކުގެ މަތިން ޢަޒުލް ކުރަން މަސައްކަތް ކުރާ ވާހަކަ މީޑިއާގައި އެމްޑީޕީން ހާމަ ކުރިދުވަހެވެ. މިދުވަހަކީ ހީރަސް ނޫހަށް ބޮޑު ދުވަހެކެވެ. އެއީ ފުރަތަމަ ފަހަރަށް ސައިބަރ ހަމަލާތަކެއްދީ ހީރަސް ނޫހުގެ ވެބް ސައިޓް ޑައުންކޮށްލި ދުވަހެވެ.  

އަހުރެންނަކީ ހިސާބަކަށް ހީރަސް ނޫސް ކިޔާ މީހަކަށް ވާތީ ހީރަސް ނޫސް އަނުބުރާ އަޕްކުރުމުން މިއީ ކިހިނެއްވީ ކަމެއްތޯ ފުރަތަމަ ނޫސް ހާވާލިއިރު ކަމަކު ދާކަށް ނެތެވެ. ހީރަސް ހެކްކުރުން މާލަސްވެއްޖެއެވެ. 

ރައީސް މުއިއްޒު ހުވާކުރެއްވި ފަހުން މެދަށް އެއްދުވަސް ދޫކޮށް ފުރަތަމަ ފަހަރަށް ރައީސް މުއިއްޒު ވެރިކަމުން ބާލަންޖެހޭ  ވާހަކަ 19 ނޮވެމްބަރ ގައި ހީރަހުގައި ލިޔެފައި އެބަ އޮތެވެ. ސުރުޚީ އަކީ "އިންޑިއާ ސިފައިން ނުބޭލިގެން، މުއިއްޒު ބާލަން ނުޖައްސާތި!" މިއެވެ.

އަނެއްކާ އޭގެ ހަތަރު ފަސްދުވަސް ފަހުން ނޮވެމްބަރ 25ގައި ވެސް ހީރަސް ނޫހުގައި އަޒުލްގެ ވާހަކަ ލިޔެފައި އެބައޮތެވެ. އަޒުލްގެ މައުޟޫގައި ހީރަހުގައިވާ ދެވަނަ ސުރުޚީއަކީ "ޢަޒުލް ކުރެވޭ ފުރަތަމަ ރައީސަކަށް މުޢިއްޒު؟" މިއެވެ.

ނޮވެމްބަރު މަސް ނިމި ޑިސެމްބަރ ފެށުނުތަނާހެން އަޒުލާ ގުޅޭ 3ވަނަ އާޓިކަލް ހީރަހުގައި ލިއުނެވެ. އެއީ ޑިސެމްބަރ 4އެވެ. އޭގައިވާ ސުރުޚީ އަކީ " ހޮވާދިން މީހުން މުއިއްޒު ވައްޓާލަން ފޫގަޅައިފި" މިހެންނެވެ. އަނެއްކާ ޖެހިގެންއައި ޑިސެމްބަރ 5ގައި ވެސް އެމައުޟޫ ރިޕޯރޓް ކޮށްފައިވަނީ " ސަރުކާރު ވައްޓާލަން މަޖިލީހުގައި ގޮވާލައިފި" މި ސުރުޚީގެ ދަށުންނެވެ. ޑިސެމްބަރ 4 އަދި 5 ނިމި 6 ވަނަ ދުވަހުވެސް އަޒުލްގެ މައުޟޫ ހީރަހުން ގެނެސްފައި އެބަވެއެވެ. އެ ސުރުޚީގައި ވަނީ " މުޢިއްޒު ޢަޒުލް ކުރަންޖެހޭވަރުގެ އިޢުތިރާފެއް!" މިހެންނެވެ. ރައީސް މުޢިއްޒު ހުވާ ކުރައްވާ 3 ހަފްތާވީ އިރު 6 ފަހަރެއްގެ މަތިން ހީރަހުގައި ޢަޒުލްގެ ވާހަކަ ގެނެސްދީފައި ވެއެވެ.

ވެރިކަމަށް މަހެއް ފުރެން ދިޔަ ހަފްތާގައި ޢަޒުލް ކުރުމާގުޅޭ 7 ވަނަ ސުރުޚީ ވަނީ ގެނެސްދީފައެވެ. އޭގައިވަނީ " މުއިއްޒުގެ ވެރިކަން ނިންމުމުގެ ބަރުގޮނުގެ އަޑުއައްސަވާ!" މިހެންނެވެ. އެއީ ޑިސެމްބަރ 11 ވަނަ ދުވަހެވެ.

ހުވާކުރިތާ 1 މަސް ފުރުމުގެ 2 ދުވަސް ކުރިން ޑިސެމްބަރ 15 ވަނަ ދުވަހުވެސް އަޒުލްގެ 8 ވަނަ ސުރުޚީ ހީރަހުން ގެނެސްފައި އެބައޮތެވެ. އެއީ " އިންޑިއާ ސިފައިން ބޭލުމުގެ ކުރިން ބާލަންޖެހޭނީ މުއިއްޒު " ކަމަށް ލިޔެފައިވާ ލިއުމެކެވެ. އެއީ އަޒުލާ ގުޅޭ 9 ވަނަ ލިއުމެވެ. ވެރިކަމަށް 1 މަސް ފުރުނުއިރު އަޒުލް ކުރުމާ ގުޅޭ ވާހަކަ 10 ވަނަ ފަހަރަށް ހީރަސް ނޫހުން ދައްކާފައި އެބަވެއެވެ. 17 ޑިސެމްބަރގައި ލިޔެފައިވަނީ " މުއިއްޒު ވެރިކަމުން ބޭލުމަށްވުރެ މުހިންމު އެހެން ކަމެއްނެތް" ކަމުގައެވެ.

މިހިސާބަށް އައިއިރު އަޒުލް ކުރާ ވާހަކަ ވައިގާ ހިފާ އެކި ޕްލެޓްފޯމް ތަކުގައި އެކި ރާގަށް ތަފާތު ގޮތްގޮތުން އެވާހަަކަ ދެކެވޭ އަޑު ގަދަވިއެވެ. މިއަޑުތަކާއެކު ސަރުކާރުގެ ރިއެކްޝަން ހުރީ މާބޮޑަށް ވެސް މިއީ ދީނީ ސަރުކާރެއް ކަމުގައި ރައްޔިތުންނަށް ދެއްކުމަށެވެ. އެހެން ކަމުން ވެރިކަމަށް އެއް މަހާ އެއްދުވަސް ފުރުނު ޑިސެމްބަރ 18 ވަނަ ދުވަހު އަޒުލާ ގުޅޭ 11 ވަނަ ލިއުން ހީރަހުގައި ލިޔެފައި އެބަވެއެވެ. އެދުވަހުގެ ސުރުޚީގައި ބުނެފައިވަނީ " ޢަޒުލްކުރާ ވާހަކަ ތަކާއެކު ސަރުކާރު ދީންވެރިވެއްޖެ "  ކަމަށެވެ. ހަމަ އެ ދުވަހު އަނެއްކާ ވެސް ޢަޒުލްގެ ވާހަކަ ލިޔެފައިވަނީ " އެމްޑީޕީއަށް މުޢިއްޒު ޢަޒުލް ކުރެވޭނެ " ކަމަށް ބުނެއެވެ. އެއީ އަޒުލްގެ ވާހަަކަ ހީރަސް ނޫހުން ދެއްކި 12 ވަނަ ފަހަރެވެ. 

އޭގެ ދެދުވަހެއް ފަހުން ޑިސެމްބަރ 20 ގައި އަޒުލާ ގުޅޭ ގޮތުން 13 ވަނަ ފަހަރަށް ލިޔެފައިވާ ސުރުޚީއަކީ " އިތުރަށް ބަރަހަނާ ނުވެ ދެންވެސް އަވަހަށް ފައިބާ " މިހެން އޮތް ސުރުޚީ އެކެވެ.

23 ޑިސެމްބަރޭ ބުނުމުން އެއްބަޔަކު ހަނދާން ވާނީ ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ވައްޓާލި އިއްތިހާދުގެ މަތިންނެވެ. އެއީ 2011 ވަނަ އަހަރެވެ. 23 ޑިސެމްބަރ 2023ގައި ހީރަސް ނޫހުގައި ރައީސް މުއިއްޒު ގާނޫނީ ހަމަތަުގެ މަތިން އަޒުލް ކުރުމާގުޅޭ ގޮތުން 14 ވަނަ ފަހަރަށް ލިޔެފައިވާ ލިއުމުގެ ސުރުޚީގައި ވަނީ " ޖުޑިޝަރީގެ ޙުރުމަތް ކެނޑި މުޢިއްޒު ބާލަންޖެހޭ" މިހެންނެވެ.

23 ޑިސެމްބަރގެ 3 ދުވަސް ފަހުން 26 ޑިސެމްބަރގައި ލިޔެފައިވަނީ ޢަޒުލް ކުރުމާގުޅޭ 15 ވަނަ ލިއުމެވެ. އޭގެ ސުރުޚީ އަކީ " ޢަޒުލް ކުރިއަސް ނުކުރިއަސް! ކޭޕާކް މަންޑޭއާ މުއިއްޒުގެ ތަފާތެއް ހުރިތޯ މިިކިޔާލާ " މިހެންނެވެ.

އޭގެ 2 ދުވަސް ފަހުން އަޒުލް ކުރުމާ ގުޅޭ 16 ވަނަ ލިއުމުގެ ސުރުޚީ އޮތީ މާސާފު ސީދާ ބަހުންނެވެ. އެ ލިއުމުގެ ސުރުޚީގައި ވަނީ " މުޢިޢްޒު ޢަޒުލް ކުރަންޖެހޭ ސަބަބުތަށް މިއޮތީ" ކަމަށް ބުނެފައެވެ.

އަޒުލް ކުރުމާގުޅޭ 17 ވަނަ ލިއުމާ ހަމައަށް އައިއިރު އޭގެ ރާގާ ލަހުޖާ ބަދަލުވެ، ބެރުގައި ފުނަޖެހެން ފަށައިފިހެން ހީވާހާ ވެއެވެ. 2023 ނިމެން ގާތްވެ އާއަހަރަށް ދޮންވަމުން ދިޔައިރު 28 ޑިސެމްބަރުގައި ލިޔެފައިވަނީ ތަފާތު ސުރުޚީ އެކެވެ. އޭގައިވަނީ " ވެރިކަން ނިންމުމުގެ ކައުންޓްޑައުން ފެށުން " މިހެންނެވެ.

އެބުނާ ކައުންޓްޑައުން ފެށުނަސް ނުފެށުނަސް، އާއަހަރު ފެށި، ހަވާ އަރުވާ ކުލަބޮކިން އަވަދިވެގެން ޖެނުއަރީ 8 ގައި އަނެއްކާ ވެސް ޢަޒުލްގެ ވާހަކަ 18 ވަނަ ފަހަރަށް ހީރަސް ނޫހުގައި ގެނެސްދީފައިވާ ސުރުޚީގައި ވަނީ " މުއިއްޒު ވެރިކަމުގައި ބަހައްޓައިގެން ރައްކާތެރިކަމެއްނެތް" ކަމަށް ބުނަމުންނެވެ. އެއީ ސަރުސާރުގެ އޮފިޝަލުންތަކެއް އިންޑިއާ ސަރުކާރާ މޯދީއަށް ފުރައްސާރަ ކުރުމުން ފެށުނު ބޮއިކޮޓް މޯލްޑިވްސްގެ ހޫނުގަނޑު އެރި ދުވަސްކޮޅެވެ.

މިހިސާބަށް އައިއިރު އަޒުލްގެ ވާހަކަ މާބޮޑަށްވެސް ވައިގަހިފާ އެހެން މީހުން އެ ވާހަކަ ދައްކާން ފެށުމުން ހީރަސް ނޫހުން އެ ވާހަކަ ދެއްކުން މަދުކޮށްލިކަން ފާހަގަ ވެއެވެ. އަޒުލަށް ބިރުން އެމްޑީޕީގެ 13 މަޖިލިސް މެމްބަރަކު ވެރިކަންކުރާ ޕާޓީއަށް ސޮއިކުރުވީމާ އަޒުލަކީ ފިސާރި ކަމަކަށްވެ، އެވާހަކަ ގެނެސްދިނުން ހީރަސް ނޫހުން ދޫޖައްސާލާފައި ވާކަން ފާހަގަވެއެވެ.  ނަމަވެސް އިންޑިއާ އުޅަނދު ފަހަރު ބޭނުން ނުކުރުމުން އައްޑޫ ކުއްޖަކު ކަނޑުވެ ގެއްލި، ގއ. ވިލިނގިލީ ކުޑަކުއްޖަކު ނިޔާވުމުން 19 ވަނަ ފަހަރު ޢަޒުލްގެ ވާހަކަ ދައްކާފައި ވަނީ 20 ޖެނުއަރީގައި ހޫނު ސުރުޚީއެއްގައެވެ. އޭގައި ވަނީ " ޖައްބާރުވެރިކަމުން ކަޅިވެފައިވާ މުޢިއްޒާ ދެކޮޅަށް ތެދުވަންޖެހޭ" ކަމުގައެވެ.  

20 ވަނައަށް މުޢިއްޒުގެ ވެރިކަން ވެއްޓޭ ވާހަކަ ހީރަހުގައި ލިޔެފައި ވަނީ ޖެނުއަރީ 29 ވަނަ ދުވަހު ވަޒީރުންގެ އިތުބާރާ ގުޅޭ ވޯޓް މަޖިލިހުގައި ނެގި ދުވަހުއެވެ.  

އޭގެ 1 ދުވަސް ފަހުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ގާނޫނީ ހަމަތަކުގެ މަތިން މަގާމުން ޢަޒުލް ކުރުމުގެ މަސައްކަތް ފެށިވާހަކަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރަސްމީކޮށް އިޢުލާން ކުރުމާއެކު ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ސައިބަރ ޙަމަލާ ތަކެއްދީގެން ހީރަސް ނޫހުގެ ވެބްސައިޓް ފުރަތަމަ ފަހަރަށް ޑައުންކޮށްލިއެވެ. 

ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ރަޙުމަތްތެރިއަކު އާދައިގެ މަތިން ފޯނުން ގުޅާލެއްވި ފަހަރެއްގައި ހީރަސް ނޫހުގެ ވެބްސައިޓް ހެކްކުރި ވާހަކަ ބުނުމުން ބާރު ހިނިގަނޑެއް ޖައްސަވާ ވިދާޅުވީ، ތިޔަ ނޫހުގެ އިންވެސްޓްމެންޓް ތިޔަ އޮތީ ކަވަރުވެފައި ކަމުގައެވެ.

]]>
Thu, 01 Feb 2024 12:44:49 +0500 ހީރަސްނިއުސް
އަގަށް ދުންމާރި ފުމެދޭ ކަސްބީން މުއިއްޒަށް މަޖިލިސް ނޮޅާލަދިނުން! https://heerasnews.com/2225 https://heerasnews.com/2225 މަޖިލީހުގައި އަދި އެއުޅެނީ ޕާޓީގެ ވިއްސަކަށް މެންބަރުން ހަމަ ނުވެގެނެވެ. އެތެރޭންނާއި ބޭރުން މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅަން މުއިއްޒު ފެށީއެވެ. ސިޔާސީ މަގާމް ދީފައި ތިބި ސަތޭކައެއްހާ މީހުން ގްރީން ޒޯނަށް ނެރެގެން މަގުމަތީގައި މުޒާހަރާ ކުރަންފެށީއެވެ. ރައްޔިތުންގެ މަޖިލީހުގެ ފާރު މައްޗަށް އަރާ މަޖިލީހުގެ ގޯތިތެރެއަށް އޮށްގާވެސް އުކީއެވެ. 

އެންމެ ހަތަރު ވަޒީރަކަށް ރުހުން ނުދޭނެ ކަމަށް އިދިކޮޅުން ބުނުމުން މުޅި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވީއެވެ. ކަމަކަށް ވާކަހަލަ ކަމެން ޖެހިއްޖެއްޔާ ކިހާވަރަކުން ދާނެބާވައެވެ. މިކަހަލަ ސިޔާސީ ހަސްނެތް ގަމާރަކަށް މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލު ލިބިއްޖެނަމަ ގައުމު ހަފާ ކާނެއެވެ.

އަގަށް ދުންމާރި ފުމެން ބޭންޕާޓީއެއް ހޯދައިގެން މަޖިލީހުގައި ދުންމާރި ފުމެން ފެށީއެވެ. ހަށި ވިއްކާ މެންބަރުން ކޮޅު ނެރެގެން މުއިއްޒުގެ ގުރުބާން ކަންބަޅި ތަކަކަށް ހަދައިގެން މަޖިލިސް ހުއްޓުވަން ގައިވީދަން ފެށީއެވެ.

ސަރުކާރު ހުއްޓުވާ ކަމުގެ ބަހަނާގައި ރައްޔިތުންގެ މަޖިލިސްގެ ވާޖިބަށް މުއިއްޒު ހުރަސް ގާނޫނީ އަސާސީގެ ބާރު ކަނޑުވާލުމެވެ. އެހެނީ ވަޒީރުން ޢައްޔަނު ކުރުމުގެ މަސްއޫލިއްޔަތަކީ ހަމައެކަނި، ރައީސުލް ޖުމްހޫރިއްޔާއަށް ދޫކޮށްލެވިފައި އޮތް ދުސްތޫރީބާރެއް ނޫނެވެ.

ރައްޔިތުން މަޖިލިހުގެ ރުހުން ހޯދާން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެ ފާސްކޮށްފައި އެ އޮތީ ކަމެއް ވެގެންނެވެ. ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ކެމްޕޭނަށް ފައިސާދޭ މާފިއާ ޑޮނުންނާއި ބޭނުންހާ ވަގުންނާއި ގުންޑާއިން ޕަބްލިކް އޮފީސް ތަކަށް ނުވައްދަން ވެގެންނެވެ. އަނިޔާވެރިނާއި ޕާޓޭގޭންގު ތަކުގެ އަތްމައްޗަށް ދައުލަތް ހިންގުމުގެ ބާރުތައް ދޫކޮށް ނުލާން ވެގެންނެވެ.

ރާއްޖޭގެ ރައީސްކަމަށް މިފަހަރު އެރުވިފައި ހުރީ ގޭންގް ސްޓާރެކޭ ނުބުނާ ވަރެއް ނޫނެވެ. ވަޒީރުންގެ ތެރެއިން ބަޔަކަށް ރުހުން ނުދޭނެކަމަށް އިދިކޮޅުން ބުނުމުން މަރުގެ އިންޒާރު ދިނުމާއި މަގުމަތިން މެންބަރުންނަށް ހަމަލާ ދިނުމަކީ ގޭންގްތަކުން ކޮންޓްރޯލުކުރާ ސަރުކާރެއް ކަންކަށަވަރުވެގެން ދިޔަކަމެކެވެ.

މަޖިލީހުގައި މެންބަރުން ދޭވޯޓު ވަކިގޮތަކަށް ދިނުމަށް މަޖުބޫރު ކުރުވަން މުއިއްޒު ސިޔާސީ މަގާމުދީފައި ތިބި ގިނަބަޔަކު ނެރުވައިގެން މުއިއްޒު ޓެރެރިޒަމް ހިންގުވުމަކީ މުއިއްޒާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މަޖުބޫރު ކަމެކެވެ. 

ރައީސް ޔާމީނު ވެސް މެންބަރުން ފާރުމަތިން އުކާލާ ކޯޓުން ޓިނުނަގައިގެން ފަނޑިޔާރުން ބޭރުކޮށްލީ ވެރިކަމުގެ ފަހު އަހަރެވެ. މުއިއްޒަށް ދެމަސްވީއިރު ގާނޫނީގޮތުން ހުއްދަ އިދިކޮޅު ހަރަކާތަށް ކެތެއް  ނުވިއެވެ. ވަޒީރުންގެ ތެރެއިން ބަޔަކަށް ރުހުން ނުދޭނެކަން އެނގުނީމާ މަޖިލީސް ހުއްޓުވަން މުއިއްޒު ހިޔާރުކުރީ ނުބައި ނުލަފާކަން ދެއްކުމެވެ. މުއިއްޒުގެ ނުބައި ނުލަފާކަން ދެއްކުމަށް ބޭނުންކުރަނީ ހަށިވިއްކި ގުރުބާން ކަންބަޅިތަކާއި ސިޔާސީ މަގާމު ދީގެން އުޅޭ އަޅުންގެ އަޅުންނެވެ. 

މަޖިލީހުން ރުހުން ދޭނެ މީހަކާއި ދޭން ނުޖެހޭ މީހުން ވެސް އެގެން ޖެހެނީ މުއިއްޒަށެވެ. މުއިއްޒު ކުރާހާކަމަކަށާއި ފޮނުވާހާ މީހަކަށް ރުހުން ދޭނީ މުއިއްޒު ގަނެގެން ގެންގޮސްފައިތިބި އަޅުކުދިންކޮޅެވެ. އިންތިހާބުވާން ފުރުސަތު ދިން ޕާޓީއާއި ވޯޓުދިން މީހުންގެ މޫނުގައި ކޮޅުފައިން ޖަހާފައި ދިޔަ ބަތާ ހަރާމީންގެ ކުރިމަތީައި މަޖިލީހުގެ މެޖޯރިޓީ ކުޑަކަކޫ ޖަހާކަށް ނުޖެހެއެވެ.  

]]>
Mon, 29 Jan 2024 12:00:46 +0500 ހީރަސްނިއުސް
ވެރިކަމުގާތިބެ އަތަށް ބޯޑުދީފާ މަގުމައްޗަށް ވަޒީރުން ނެރުން https://heerasnews.com/2223 https://heerasnews.com/2223 މަޖިލީހު މާލަމުގެ ދޮރުތައް ތަޅުވެސް ލެވިދާނެއެވެ. މަޖިލީހުގެ ރިޔާސަތަށް މަކުނެއްހެން އަރާވެސް އިނދެވިދާނެއެވެ. އެކަމަކު ހަށިވިއްކި މެންބަރުންނަކީ އިތުބާރު ގެއްލިފައިވާ އަގެއްނެތް ފީކުދާނު ތަކެކޭ ތަފާތެއް ނެތް ކަމަށް ގިނަބަޔަކު ދެކެއެވެ.

ދެފައި ވަށްކޮށްގެން ރިޔާސަތު ގޮނޑިއަށް މަކުނެއްހެން ކަނޑިތީމު ޝަހީމު އަރާ އިނަކަސް އެމްޑީޕީން ޑަރުވެސް ހީނުވާނެއެވެ. ރައީސް މުއިއްޒަށް މާވަފާތެރި މީހަކަށް ހެދެން ވެގެން ޗަރުކޭސް ކުޅުނަކަސް ގޮނޑި ވިއްކި މެންބަރުންނަކީ ތުންފުހި ތަކެއް ނޫން ކަމަކަށް މުއިއްޒެއް ވެސް ނުދެކޭނެއެވެ.

ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބަންދުކޮށްފައި އެ ބައިގަނޑު ގަނެލައިގެން ގެންދިޔައީ ހިނދުކޮޅެއްގެ ބޭނުމަށެވެ. މިއަދު އެ ތިބީ ފުޅަނތްގަށް ވެފައެވެ. އަޑިން ދިޔަސް މަތިން ދިޔަސް ސަލާމަތެއް ނެތެވެ.

ގޮނޑި ވިއްކާލި މެންބަރުން ކިތަންމެ ފޮނެއް މަޖިލީހުގެ ތަޅުމުގައި އެރުވިޔަސް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ ރުހުން ނެތް ވަޒީރަކަށް ވަޒީރު ކަމަކު ނުހުރެވޭނެއެވެ. ވަޒީރުންނަށް ރުހުން ހޯދަން ބޭނުމިއްޔާ ޖެހޭނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ރުއްސާށެވެ. ވައްވަށް ޖަަހައިގެން ވަގުތު ނަގާލައިގެން ވާނެ މޮޅެއް ނުއޮންނާނެއެވެ.

މުއިއްޒު އަޒަލު ކުރާނެ ކަމުގެ ބިރު ދައްކައިގެން ގޮނޑި ވިއްކާލިޔަސް އެމްޑީޕީއެއް ނުސިހޭނެއެވެ. އެމްޑީޕީއަކީ ގަދަފަދަ މައުމޫނިޒަމްގެ ތެރޭއިން ނިކުމެ މައުމޫނިޒަމް ފުޑާލި ފަހުރުވެރި ޕާޓީއެވެ. އަސްލު އެމްޑީޕީއަކީ ރުފިޔާ ފައިސާގެ އަވާގައި ޖެހިގެން އަންނަ ވައި ކުޅަނދުރުތައް ހަތާ ދޫކޮށް ދިޔަސް ލުހިގެން ބިމަށް ޖެހޭނެ ޕާޓީއެއް ނޫނެވެ. 

އިބްރާއާއި މުނައްވަރާއި ވަހީދާއި އަންނި ނެތުމުންވެސް އެމްޑީޕީ އޮތީ ގަދަކޮށެވެ. އަރައަރާފައި އޮއްސޭނީ އެ ބައިބައި ގަނޑެވެ. ހަގީގަތުގައިވެސް އެމްޑީޕީ އޮޑިއެއް ނުފެތޭނެއެވެ. ފައްތައެއްވެސް ނުލެވޭނެއެވެ. އެމްޑީޕއަކީ ވެއްޓޭ ކުރިއަކަށް ދެކުރި ފަޅާ ހެދި ބޮޑުވަމުންދާ ރާއްޖޭގެ ޑިމޮކްރަސީ ގަހެވެ. މުއިއްޒު އެއުޅޭ ފާޑަށް ކުރިންވސް ބަޔަކު އެމްޑީޕީ ޖަނާޒާ އަރުވަން އުޅުނެވެ. ޖަނާޒާ ވެގެން ދިޔައީ އެމީހުންނެވެ. 

އެމްޑީޕީ ނޫން ގޮތެއް ހޯދަން ނިކުތް މީހުނަށް ދެމަސް ދުވަސްނުވެ މުއިއްޒު ނޫން ގޮތެއް ޖެހިއްޖެއެވެ. ރަން އިލޮށިން ކަދުރު ކާން އުޅެގަތީމާ ރާކަނިމަސް ކެވިގެން ވެރިކަމުގައި ތިބެ ބާރުކެނޑިގެން ތިޖެހެނީ މަކުނު ހެދިގެން ރިޔާސަތަށް އަރާ އަތަށް ބޯޑުދީފައި މަގުމައްޗަށް ވަޒީރުން ނެރޭށެވެ. 

]]>
Sun, 28 Jan 2024 15:47:03 +0500 ހީރަސްނިއުސް
ޕްރައިމަރީ ވޯޓް ފޮއްޓަށް ލެވެނީ ވޯޓް ދިންމީހާގެ ނަންޖަހާފަ https://heerasnews.com/2220 https://heerasnews.com/2220 ރައްޔިތުންގެ މަޖިލީސް އިންތިާހާބުގައި ޕީއެންސީ ޓިކެޓްގައި ވާދަކުރާނެ މެންބަރުން ހޮވުމަށް ބާއްވާ ޕްރައިމަރީ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. ހެދިގޮތެއް ހަދައިގެން 71000 މީހުނަށް ވޯޓް ދިނުމުގެ ހައްގު ދީގެންނެވެ. ޕީޕީއެމްގެ ނަމުގައި މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޕީޕީއެމަށް ނުދީ ޕީޕީއެމް-ޕީއެންސީގެ މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި ވަރަށް ބޮޑެތި އޮޅުވާލުންތައް ހިންގަމުން ދާކަމަށް މައުލޫމާތު ލިބެއެވެ. 

ކެންދޫ ދާއިރާގެ ޕީއެންސީ ޓިކެޓަށް ބޭއްވޭ ޕްރައިމަރީގައި 3 މީހަކު ވާދަކުރެއެވެ. ޓިކެޓަށް ވާދަކުރަނީ ކެންދޫ އަބޫބަކުރު (އަބޫ)އާއި ކެންދޫ ޖިހާދު (ޖިއްކޮ) އާއި ކަމަދޫ އަހުމަދު ރިޒާ އެވެ. ކެންދޫ ދާއރާއަކީ ފަސް ރަށް ހިމެނޭ ދާއިރާއެކެވެ. އެރަށްރަށަކީ ކެންދޫ، ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ދޮންފަނެވެ.

ކެންދޫ ދާއިރާއިން ޕީއެންސީ ޓިކެޓް ވަކި މީހަކަށް ދިނުމަށްޓަކާ ބޮޑެތި އޮޅުވާލުންތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ވަރަށް ބޮޑަށް ހިފަމުން ދާކަމަށް މައުލޫމާތު ލިބިއެވެ.

ބ. ކުޑަރިކިލު ޖަމްއިއްޔާގޭގައި ބަހައްޓާފައިވާ ޕީއެންސީ ޕްރައިމަރީ ވޯޓް ފޮއްޓަށް ވޯޓު ކަރުދާސް އެޅެމުން ދަނީ ވަރަށް އާދަޔާ ހިލާފު ގޮތަކަށެވެ. ވޯޓް ދޭމީހާއަށް ވޯޓް ފޮއްޓައް ވޯޓް ކަރުދާސް ކޮޅު ވައްޓާލެވެނީ ފާހަގަ ޖެހި ވޯޓު ކަރުދާސްކޮޅު، ވޯޓްފޮށި ބަލަހައްޓަން އިންނަ މީހާ އަތުލާ ވޯޓް ކަރުދާސް ކޮޅުގެ ފުރަގަހުގައި ވޯޓްލާ މީހާގެ ނަން ޖަހުމަށް ފަހުގައެވެ. ބޭނުމަކީ ރައީސް މުއިއްޒު ޓިކެޓް ދޭން ބޭނުންވާ މީހާއާއި ދެކޮޅަށް ވޯޓުދޭ މީހާ ދެނެގަތުމެވެ.   

މިގެނެސް ދިނީ ހަމަ އެންމެ ރަށެއްގައި ކަންކުރެވެމުންދާ މުޑުދާރު ގޮތެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރޭވިގެން ވޯޓު އޮޅުވާލުމުގެ ކުޅިގަނޑު ވަރަށް ބޮޑަށް ހިގަމުން އެބަދާކަމަށް މިނޫހަށް އަންނަނީ ގިނަ އަދަދަކަށް މައުލޫމާތު ލިބެމުންނެވެ. ކަންކަން ހުރި ހިސާބު ހަމައެކަނި މި ޓްވީޓުން ސާފެވެ. ހުޅުފަޅައިގެން ދާވަރު ހަވީރު ފަހެއްގެ ފަހުން ބަލަން ތިބެމާ ހިގާށެވެ. 

]]>
Sat, 27 Jan 2024 13:36:56 +0500 ހީރަސްނިއުސް
މުސާރަނުދެވިގެން ބޭންކުގައިހުރި އަމިއްލަމީހުންގެ ލާރިކޮޅު ދަމައިގަންނަނީ! https://heerasnews.com/2219 https://heerasnews.com/2219

ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެގޮތް ނެތިގެން ލޭންދޭނަށް 1 ބިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުދިނުމުން މުސާރަ ދޭން ސަރުކާރަށް ގޮތް ހުސްވެއްޖެއެވެ. މުވައްޒަފުނަށް ނޮވެމްބަރުމަހުގެ މުސާރަދީފައި ވަނީވެސް ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ލޭންދޭނަށް ނަގައިގެން ކަމަށް ކަށަވަރު މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ.

ދައުލަތުގެ ރިޒާވް އަދަޔާ ހިލާފަށް ދަށަށްގޮސް ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ބޭންކް ތަކަށް ވަނީ ޑޮލަރުގެ ޝޯޓޭޖް ކުރިމަތިވެފައެވެ. މިހެން މިކަން އޮއްވާ މި ހިނގާ ޖެނުއަރީމަހު ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތް ނެތުމުން ސަރުކާރުން ބޭނުންވީ ބޭންކުން 700 މިލިޔަން ރުފިޔާ ލޭންދޭނަށް ހޯދާށެވެ. ބީއެމްއެލްގެ ކޭޝްފްލޯއަށް ވަރަށް ބޮޑަށް ނުރަނގަޅު އަސަރުކޮށް ޑޮލަރ ޝޯޓޭޖް އިންތިހާއަށް ބޮޑުވެފައިވާތީ ސަރުކާރުގެ އެހުށަހެޅުމަށް ބީއެމްއެލް ބޯޑުން އިއުތިރާޒް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ބޯޑްގެ ޗެއަރމަންއާއި އެކު ބޯޑު މެންބަރުން ތަކެއް މަގާމުން ވަކިކޮށްލީއެވެ.

އާންމު ރައްޔިތުންގެ ޑިޕޮޒިޓް ފައިސާއިން ބޭންކު އޮފް މޯލްޑިވްސްއިން ސަރުކާރަށް ލޭންދޭނަށް ފައިސާ ނަގަން ޖެހުނީ ފައިސާ ޗާޕު ކުރުން ހުއްޓާލުމުންނެވެ. ފައިސާ ޗާޕް ކުރުމަށް މުއިއްޒު ބޭނުން ވިޔަސް އެމްއެމްއޭއިން ފުރުސަތު ދޭން ބޭނުން ނުވެގެން އެކަންވަނީ ނުވެފައެވެ. މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި މީގެކުރީން ސަރުކާރު ތަކަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ހިލޭ އެހީއަށާއި އިންޓްރަސްޓް ކުޑަ ލޯނުގެ ގޮތުގައި އިންޑިއާއިން ދިވެހި ސަރުކާރަށް އެހީތެރިކަން ދެއެވެ. އީގޯ ބޮޑުކަމުން އެ ދޮރުވެސް މުއިއްޒު އަމިއްލައަށް ވަނީ ބަންދު ކޮށްފައެވެ. 

ޖެނުއަރީ މަސް ނިމެމުން ދާއިރު މުސާރަ ދެވޭނެ ގޮތް ނެތިގެން ކޮމާރޝަލް ރޭޓްގައި ރާއްޖޭގައި ހުރި ބޭންކުން ތަކުގައި ރައްޔިތުން ރައްކާކޮށްފައި ހުރި ލާރިކޮޅުން ލޯނު ހޯދަން ބޭންކު ތަަކަށް ސަރުކާރުން ދަނީ ޕްރެޝަރ ކުރަމުންނެވެ. ރާއްޖޭގެ ކޮމަރޝަލް ބޭންކުންނާއި ސިލޯނު ބޭންކުން ކޮންމެވެސް ވަރަކަށް ކޮމަރޝަލް ރޭޓުގައި ކުރު މުއްދަތެއްގައި އަދާކުރުމަށް ޖަމާގައި ހުރި އާއްމުންގެ ފައިސާއިން ލޯނު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމަތު ލިބެއެވެ. އެހެން ނަމަވެސް ޖެނުއަރީ މަހުގެ މުސާރަ ދިނުމަށް ބޭނުންވާ 700 މިލިއަން ރުފިޔާ ހަމަ ނުވެގެން ސަރުކާރު އަދި އޮތީ ކޮށި އަރައަރައެވެ.

]]>
Fri, 26 Jan 2024 18:05:17 +0500 ހީރަސްނިއުސް
ބީއެމްއެލް ތަޅާލިޔަސް ނެތް ޑޮލަރެއް ނުނެރެވޭނެ! https://heerasnews.com/2216 https://heerasnews.com/2216 ވެރިކަން ލިބިގެން ރާއްޖޭން ބޭރަށް ކުރި ފުރަތަމަ ދަތުރު ޑރ. މުއިއްޒު ކުރީ ތުރުކީއަށެވެ. ތުރުކީއަށް ކުރި އެ ދަތުރުގައި ތުރުކީގައި ތިބި ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކޮށް އެ ކުދިން ޅޮސް އުނދޯއްޔަށް އެރުވީ އެ ކުދިންނަށް ދިމާވާ އެންމެ ބޮޑު ކަންބޮޑުވުމާ ގުޅުވައިގެންނެވެ. އެ ކުދިން ގާތު ޑރ. މުއިއްޒު ބުނީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން ބޭރުގައި އުޅޭއިރު އެ ކުދިންގެ އެކައުންޓު ތަކުން ނެގޭ ޑޮލަރު ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އެހެން ބުނުމާއެކު އެ ކުދިން އުފަލުން ފޮޅުނެވެ. ދެން ތިބެގެން ބާރަށް ޖެހީ އަތެވެ.

ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ނައްތާލަ ދޭނެކަމަށް ރައީސް މުއިއްޒު ބުނި ޑޮލަރުގެ ލިމިޓް ވެސް ވެގެން ދިޔައީ އާދައިގައި މުއިއްޒު ޖަހާ ކަހަލަ އުބަށް ޖެހުމަކަށެވެ. މުޅިން ނައްތާލާނެ ކަމަށް ބުނި ޑޮލަރުގެ ލިމިޓް، ކޮންމެ މަހެއްގެ މައްޗަށް 1200 ޑޮލަރު ނެގޭ ގޮތަށް ލިމިޓް ކުރަން ނިންމީއެވެ. އެހުމެއް ކެހުމެއްނެތި ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ފެބްރުއަރީ މަހުން ފެށިގެން ނެގޭ ޑޮލަރުގެ ލިމިޓަކީ 1200 ކަމަށް ހަމަޖައްސާ އިއުލާނު ކުރީ ކަމުގެ ނާޒުކްކަން ކުޑަކޮށްވެސް އިހުސާސްކޮށްލުމެއް ނެތިއެވެ.

ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި އިގްތިސާދަށް ލޮޅުން އަރާ ޒާތުގެ ބޮޑެތި ނިންމުން މުއިއްޒު ނިންމަނީ އެހަކަތަ ހުރިތޯ ކަމާގުޅޭ ދާއިރާގައި އަހާލުމެއް ކަހާލުމެއް ނެތިއެވެ. ޑރ. މުއިއްޒު  ސަރުކާރުން ނިންމާފައިވާ ގޮތަށް ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ލިމިޓު އުފުލާލީ އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ވަރަށް ބޮޑަށް ކަން ބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. 

މުއިއްޒު މި ނިންމި ނިންމުގެ ތަކުލީފް އުފުލަން ޖެހޭނީ ރާއްޖޭގެ ގައުމީ ބޭންކުންނެވެ. ބޭންކުގައި އެކަށީގެންވާ ވަރަށް ޑޮލަރު ނެތުމުން ބޭރުން މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް މުދާގަތުމަށް ބޭނުންވާ ޑޮލަރު ފޯރުވާ ނުދެވިގެން ބޭންކް އޮފް މޯލްޑިވްސް ކޮށިއަރާފައިވާ ދަނޑިވަޅެއްގައި ބޭރުފައިސާ އާއި ގުޅޭ އެވަރުގެ ބޮޑު ނިންމުމެއް ނިންމީމާ ވެރިޔާ ވިދާޅުވިޔަސް ބޭންކް އޮފް މޯލްޑިވްސްއަށް ކޮށްދެވޭނެ ކަމެއް ނުއޮންނާނެކަން ފައިސާ ހިނގާ މަގު އެނގޭ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

އެހެނެކޭ ކިޔާ ބޭންކްގެ ޗެއަރމަނާއި ޑިރެކްޓަރުން ބޯޑު މެންބަރުން ތަކެއް ކަނޑާއުކާލިޔަސް ކުރާނީ ކީއް ހެއްޔެވެ. ބޭންކް ތަޅާލިޔަސް ބީއެމްއެލްގައި ނެތް ޑޮލަރެއް ނުނެރެވޭނެއެވެ. 

]]>
Thu, 25 Jan 2024 21:12:14 +0500 ހީރަސްނިއުސް
ދިރާސާކުރާ ޗައިނާ އުޅަދު އަންނަނީ މުއިއްޒު ފައިހިއްޕަދޭންތަ! https://heerasnews.com/2212 https://heerasnews.com/2212 އިންޑޮނޭޝިއާ ބޭރުގައި އޮތް ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދެއް ކުރޫއިން ބަދަލު ކުރުމާއި ސްޓޮކް އައުކުރުމަށް ރާއްޖެ އަންނާތީ ހައިރާނެއް ނުވެއެވެ. ކުރޫއިން ބަދަލު ކުރުމާއި ސްޓޮކް އައުކުރުމަށް އިންޑްނޭޝިއާއަށް ވުރެ ހިދުމަތާއި ވަސީލަތުގެ ގޮތުން މާކުރީގައި ރާއްޖެ އޮތީމާ ވާނީ އެހެންތާއެވެ. އިންޑޮނޭޝިއާ ބޭރުގައި އޮވެފައި އެ ބޭނުމަށް ޗައިނާއަށް ދިޔުމަށްވުރެ މާދިގު ދަތުރެއް ކޮއްގެން ރާއްޖެ އައުން އެ މީހުނަށް ފަސޭހައީތާއެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ޒަމީރެއް ކަމަކު ތަންކޮޅެއް ތާހިރު އެއްޗެއް ބުނިނަމަ މީހުން ގަބޫލުކޮށް ފާނެއެވެ. ހަމަ ތެދެކެވެ. އިންޑޮނޭޝިއާ ބޭރުގައި އޮތް ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކް އައުކުރާކަށް ނޫނެވެ. ދިރާސާކުރާ ޗައިނާ އުޅަދު ރާއްޖެ އަންނަނީ މުއިއްޒު ފައިހިއްޕައިދޭނޭ މީހަކު ނެތިގެން މުއިއްޒު ފައިހިއްޕައި ދޭށޭ ބުންޏަސް މާ ތާހިރުވާނެއެވެ.

ވާނުވާ ނޭނގިގެނެއް އެކަކުވެސް ނޫޅެއެވެ. ހަގީގަތަކީ މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުނީއްސުރެ ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދު ރާއްޖެއަށް އޮތީ މިސްރާބު ޖަހާފައެވެ. ރާއްޖެއަށް އެއުޅަނދު ނުވަދެ މަޑުކުރަމުން ދިޔައީ އެކަމުގެ ވަގުތު ޖެހެންދެނެވެ. މިހާރު މިއޮތީ އެވަގުތު ޖެހިފައެވެ. ވަގުތު ޖެހުމުން އެ އަންނަނީއެވެ. 

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އިންޑިއާ ކަނޑުގެ ބާރުވެރިކަން ހޯދުމަށް އިންޑިއާ އާއި ޗައިނާއަކީ ޒަމާނުއްސުރެ ވާދަވެރި ދެގައުމު ކަމެވެ. އިންޑިއާ ކަނޑާ އައްސޭރި ފަށުން ގުޅިފައިވާ ކޮންމެ ގައުމަކީވެސް އެ ދެގައުމަށް ވަރަށް މުހިންމު ގައުމެކެވެ. އިންޑިއާ ކަނޑު ހިއްސާކުރާ ގައުމު ތަކުގެ ކޮންޓްރޯލު ވެވުނު ގޮތަކުން ނެގޭތޯ ވީހާވެސް ބޮޑަކަށް މަސައްކަތް ކުރުމަކީ ޗައިނާއާއި އިންޑިއާ އަބަދުވެސް ކުރަމުންދާ ކަމެކެވެ. 

އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ތަނުގެ ގޮތުން ރާއްޖެއަށް އިންޑިއާއި ޗައިނާގެ ކަޅި އަބަދުވެސް އޮންނަނީ ހުއްޓިފައެވެ. އަވައްޓެރިކަމާއި ގާތްކަމުގެ ގޮތުން އެވޭލާ ޒަމާނުއްސުރެ ރާއްޖެއާއި އިންޑިއާ އޮންނަނީ ގުޅިލާމެހިފައެވެ. އެގޮތުން އަބަދުވެސް ރާއްޖޭގެ އެންމެ ބޮޑު މަދަދު ގާރެއްގެ ގޮތުގައި އޮންނަނީ އިންޑިއާއެވެ. އެހެނެކޭ ކިޔާފައި ރާއްޖޭގެ މިނިވަންކަން ނިގުޅައިގަތުމަށް އެއްވެސް އިރެއްގައި އިންޑިއާ މަސައްކަތް ކޮށްފައެއް ނެތެވެ. ކުރަން އުޅުނުނަމަ އެއީ އެމީހުނަށް ނުވާވަރުގެ ކަމެއް ނޫންކަމަށް ބެލެވެއެވެ. އިންޑިއާ އާއިއެކު ރާއްޖެ ކިތަންމެ ގާތް ގުޅުމެއް އޮތަސް ޗައިނާއާއި ރާއްޖެއާއި ދެމެދުވެސް ރަނގަޅު އެހީތެރި ގުޅުމެއް އަބަދުވެސް އޮވެއެވެ. 

އެހެން އެކަން އޮތް އިރު ރާއްޖޭގެ މުޅި ތާރީހުގައި ވެސް ޑރ. މުއިއްޒުގެ ވެރިކަމުގައި ނޫނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވީ ޒަމާނެއް ނާދެއެވެ. މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ އެންމެ ފުރަތަމަ ކުރި އެއްކަމަކީ އިއްޑިއާ އާއި ރާއްޖެ ދެމެދު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އައުނުކުރާން ނިންމުމެވެ. ކަނޑު ދިރާސާ ކުރުމުގެ އެއްބަސްވުން އައު ނުކުރާން ނިންމީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެއެވެ. 

އިންޑިއާ އާއި އެކުވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އައުނުކުރާން ރާއްޖޭން ނިންމުމާއެކު ދެން ފެނުނީ ޗައިނާގެ ދައުވަތަކަށް ދިވެހި ދައުލަތް އެއްކޮށް ޗައިނާއަށް ދިޔަތަނެވެ. ފުލުފުލުގައި ވިހިތިރީސް އެއްބަސްވުމުގައި ޗައިނާ އާއި އެކު ރާއްޖޭން ސޮއިކުރި ތަނެވެ. ޗައިނާއާއި ރާއްޖެއާއި ދެމެދު ވެވުނު އެތައް އެއްބަސް ވުމެއްގެ މައުލޫމާތު ދެ ސަރުކާރުން ވެސް ވަނީ ސިއްރު ކޮށްފައެވެ. ފޮރުވިފައި ފަހަތުގައިވަނީ ކޮންކަމެއް ކަމެއް ނޭގެއެވެ.

ޗައިނާއަށް ދިވެހި ވެރިން ކުރި ދަތުރުގައި ރާއްޖޭގެ ދިފާއީ ވަޒީރު ގައްސާނު މައުމޫނު ވެސް އެއްބަސް ވުންތަކެއްގައި ސޮއިކުރެއްވިކަން އެގެއެވެ. ދިފާއީ ވަޒީރު ސޮއި ކުރައްވާނީ ދިފާއާއި ގުޅުންހުރި ކަންތައް ތަކެއްގެ މައްޗަށް ވެވޭ އެއްބަސްވުމެއްގައިކަން ނެނގޭނެ މީހަކު ނުހުންނާނެއެވެ. 

އިންޑިއާއަށް ޗައިނައިން ފާރަވެރިވުމަށް ހދ. މަކުނުދޫގައި ޗައިނާގެ ޖަސޫސީ އަޝްކަރީ މަރުކަޒެއް ބިނާ ކުރުމުގެ އެއްބަސްވުމަކާއި ހައިޑްރޯގްރަޕީ ދިރާސާ ކުރުމުގެ މަސައްކަތް ޗައިނާއިން ކުރުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. މިހެން ބުނުމުން އެކަން ދިވެހި ސަރުކާރުން ދޮގުކުރާނެއެވެ.  

ރާއްޖޭން އިންޑިއާ އާއި އެކުވެފައިވާ ހައިޑްރަގްރަފީ އެއްބަސް ވުމުގެ މުއްދަތު އިތުރު ނުކުރުމާއި، ޗައިނާއާއި އެކު ރާއްޖޭގެ ދިފާއީ ވަޒީރު އެއްބަސްވުން ތަކެއްގައި ސޮއިކުރުމާއި، ދިފާއީ އެއްބަސްވުން ތަކެއްގައި ރާއްޖޭން ޗައިނާއާއި އެކު ސޮއިކުރި ފަހުން ހުއްދަ ނުލިބިގެން ރާއްޖެ ނުވަދެ މަޑުކޮށްފައި އޮތް ޗައިނާގެ ހައިޑްރޯގްރަފިކް ދިރާސާކުރާ އުޅަނދު ރާއްޖެ ވަނުމަށް ކުއްލިޔަކަށް ހުއްދަ ދިނުމާ މިހުރިއްޔަކީ އިއްތިފާގެއް ނޫނެވެ. 

ކަނޑު ދިރާސާކުރާ ޗައިނާ އުޅަދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލުކުރުމާއި ސްޓޮކް އައުކުރުމަށް ކަމަށޭ ފޮރިން މިނިސްޓްރީން ބުންޏަސް އެ ވާހަކަ ގަބޫލު ކުރާހާ މީހުން މޮޔައެއް ނޫނެވެ. ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެގެން އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުން އައުނުކޮށް ޗައިނާއަށް ހައިޑްރޯގްރަފީގެ މަސައްކަތް ހަވާލު ކުރުމުން ގައުމީ ސަލާމަތް ކޯދުލާ އަރާނީ ލަންކާގެ ހަންބަން ޓޯޓާ ދަށުލީ ގޮތަށް ނޫން ކަމެއް ނޭނގެއެވެ. 

]]>
Wed, 24 Jan 2024 15:06:14 +0500 ހީރަސްނިއުސް
މުއިއްޒުގެ އުބަށް ޖެހުންގަނޑު ކިހާ ސަޅި! https://heerasnews.com/2207 https://heerasnews.com/2207 ލާރިއެއް ގެންގުޅޭހެން ހީވާހާ މީހަކު ހޯދައިގެން ފައިސާ ހޯދަން މުއިއްޒު އަންނަނީ ޑީލް ހަދަމުންނެވެ. މަޖިލީހުގެ ގޮނޑި ދައްކައިގެން ފައިސާ ވެރިން އަތުން މުއިއްޒު ފައިސާ ނަގަނީ މިލިއަން މިލިއަނުންނެވެ. 

މުއިއްޒު ބޭނުން މުހިންމު މީހުންނަށް ދާއިރާއެއްގެ ގޮނޑި ހާއްސަ ކުރަން ވެގެން އެ ދާއިރާގައި ވާދަ ކޮށްފާނެ މީހުން ހުއްޓުވުމަށް ވެސް ފައިސާ ވެރިން ލައްވާ މުއިއްޒު ހަރަދު ކުރުވައެވެ. ވަކި ގޮނޑިއެއް ވަކި މީހަކަށް ހާއްސަ ކުރުމަށް އެންމެ ބޮޑު ހޭދައެއް.ކުރުވަނީ ފ. ނިލަންދޫ ދާއިރާގެ ގޮނޑި މުއިއްޒުގެ ކޮއްކޮ ސައުދާއަށް ހާއްސަ ކުރުމަށެވެ. އަދުރޭ ގޮނޑި ކަށަވަރު ކުރަން ވެސް ވިޔަފާރިވެރިން ލައްވާ މުއިއްޒު ހޭދަކުރުވައެވެ. 

ބައެއް ވިޔަފާރި ވެރިންނަށް ހަތަރު ފަސް ދާއިރާ އޮތީ ވިއްކާލާފައެވެ. ދުވަހަކު ދާއިރާ މީހުން ލޯނުދެކޭ ނުދަންނަ މީހުން ޕްރައިމަރީއާ ހިފާ ތަޅާތަން އެބަފެނޭ ނޫންހެއްޔެވެ. އެހެން ނުވާނީ ކީއްވެ ހެއްޔެވެ. ދާއިރާ ތަކުގެ ގޮނޑި ދައްކައިގެން އެފައިސާ ވެރިން އަތުން މުއިއްޒު އެތައް މިލިއަން ޑޮލަރެއް ވަނީ ދަމައިގެންފައެވެ.

ކުރިއްސުރެ ޕާޓީ ރޫހުގައި ވީހާލެއްގައި ވެގެން އުޅުނު މީހުނަށް ވާނުވާ ރޭކާލީ ޕްރައިމަރީގަައި ވޯޓް ލެވޭ ވަގުތީ ލިސްޓް ނިކުތީމައެވެ. ލިސްޓް ފެނިފައި ލޮނދި ހިކައެއްހެން ޕްރައިމަރީން ޓިކެޓް ދަމައިގަންނަ މީހުން އަސްލު މެންބަރުންނަށް ފެނިއްޖެއެވެ. ދުވަހަކު ޕާޓީގެ ކަމެއްގައި އުޅެފައި ނެތް އޮއިކާށިތައް ގަދަވެ ގަންނަތަން ބަލަން ތިބެން އެ މީހުނަށް ކެތެއް ނުވިއެވެ. ފާޅުގައި އަޑު އުފުލަން ފެށުމުން އަމަލުކުރީ އެންމެ ހަޑި މުޑުދާރުކޮށެވެ.

އެކި ބަހަނާ ދައްކާފައި އެތައް ބަޔަކަށް ޕްރައިމަރީގަައި ބައިވެރި ނުވެވޭނެ ކަމަށް އެންގީީއެވެ. 

ބަޔަކަށް ވާދަ ނުކުރެވޭ ގޮތަށް ހަމަޖެއްސުން މީހުންގަނޑު ކެކި އަރައިގަތީއެވެ. ޕްރައިމަރީގަައި ވަކި ބަޔަކަށް ބައިވެރި ނުވެވޭ ގޮތަށް ނިންމި ނިންމުމަކީ އެންމެ ފަހުން އަދުރޭގެ އަމިއްލަ ނިންމުމަކަށް ހަދާ މުއިއްޒު ބޮލުން ކަނޑާލާ މާ މާތް މީހަކަށް ވެގަތީއެވެ.

ޕްރައިމަރީގަައި ބަޔަކަށް ވާދަ ނުކުރެވޭ ގޮތަށް ހަދަން އުޅުނީ މުއިއްޒުގެ ވަފާތެރިންނަށް ވާދަނުކުރެވޭ ގޮތަށް ހަދަން އަދުރޭ ކުރިކަމަށް ހަދާ މުއިއްޒު އޮޅުވާލިއެވެ. އެންމެން ޅޮސް އުނދޯއްޔަށް ލިއެވެ. 

ވަކި ބަޔަކަށް ވާދަނުކުރެވޭ ގޮތަށް ހެދި ހެދުން ބާތިލުކޮށް އަދުރޭ ހަވަރަށް ދީފާ މުއިއްޒު ބޯ ދަމައިގަތީއެވެ. އަދުރޭ ގުރުބާން ކަންބަޅިއަކަށް ހަދާ ބޭނުން އެންމެނަށް ޕްރައިމަރީގަައި ވާދަކުރެވޭ ގޮތަށް ހަދުމަށް ފަހު މިފަހަރު ވެސް މުއިއްޒުގެ އުބަށް ޖެހުންގަނޑު ކިހާ ސަޅި ހެއްޔެވެ.

]]>
Mon, 22 Jan 2024 19:45:26 +0500 Chief Editor
ބަޖެޓުން ޕާޓީތަކަށްދޭ ފައިސާއިން 18 މިލިއަންވެސް ފޭރިގަތީ!؟ https://heerasnews.com/2206 https://heerasnews.com/2206 މަކަރާ ހީލަތުން ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ވެސް މުއިއްޒު ފޭރިގަތީ ހެއްޔެވެ. ވެރިކަމަށް އައި އިރު ތިންހާސް ހަމަނުވާ ޕީއެންސީއަށް 8 މިލިޔަން ސަރުކާރު ބަޖެޓުން ދަމައިގަތީ ރޯމާ ދުވަލު އެންމެންގެ ލޯމަތީގައެވެ. ރައީސް ޔާމީނުގެ ޕީޕީއެމް ފޭރިގަނެގެން އެޕާޓީއަށް ލިބުނު 10 މިލިޔަންވެސް ކަޅާކޮށްލީއެވެ. 

މުއުޖިޒާތެއް ފަދައިން އަހަރު ނިމުނު ޕްރޮގްރަސިވް ކޯލިޝަނުގައި 64000 މެންބަރުން ހަމަކޮށްލައިފިއެވެ. މެންބަރުން ވަގަށް ނެގީ ކޮންތާކުން ކިހިނެއް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މުއިއްޒުގެ ވެރިކަމާ ރުހިގެން އެވެރިކަން ނަގަހައްޓަން ބޭނުންވާ މަދުބަޔަކު ނޫނީ ރާއްޖޭގައި ނެތްކަމެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްޓަކައި ވެރިކަން ކުރާ ޕާޓީގެ ޓިކެޓަށް ދަހި ލަވައިގެން ދާއިރާތަކުން މެންބަރުން ތަކެއް ވަގަށް ވައްދައިގެން ޓިކެޓާ ހިފާތަން އެބަ ފެނޭ ނޫން ހެއްޔެވެ. މެންބަރުން ކޯނި ކޯންޏަށް ކެކިއަރަނީ އެހެން ވެގެން ނޫން ހެއްޔެވެ.

އަނެއްކާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ބަޖެޓުން ފައިސާތައް މުއިއްޒު އުނގަށް އޮއްސާމިލީ އެއްވެސް ބެލުމެއް ކަމެއް ނެތިއެވެ. މީގެ ކުރީން ބަޖެޓުން ޕާޓީތަކަށް ލިބެންޖެހޭ ފައިސާ ޕާޓީތަކަށް ލިބެނީ މަރަށް ފުރާނައަށް ޕާޓީތަކުން އެތައް މަސައްކަތް ކޮށްގެންނެވެ. އަހަރު ނިމޭއިރުވެސް ފައިސާކޮޅު ދެވޭ ކަމަކަށް އިލެކްޝަނަކުން ނުހަދައެވެ. އެކަމަކު މިފަހަރު ނިކަން ބަލައިބަލާށެވެ. ފައިސާ ދޫކުރަން އިލެކްޝަން ކިހާ ފަރިތަ ހެއްޔެވެ.

ޕީއެންސީއަށް 28000 މެންބަރުން ކުއްލިއަކަށް އިތުރުވެގެން ދިޔަ ގޮތެއް ބަލާލުމެއް ނެތި އިލެކްޝަނުން ބޭނުންވީ މުއިއްޒު ބޭނުންވާ ގޮތަށް އަންނަ ރައްޔިތުންގެ މަޖިލިސް މުއިއްޒަށް ހޯދާ ދިނުމަށެވެ. އެކަމުގެ ސާފު ހެކި ފެނިގެން މިދިޔައީ ދައުލަތުގެ ބަޖެޓުން 18 މިލިޔަން ރުފިޔާ އެއްވެސް ބެލުމެއް ނެތި މުއިއްޒަށް ދޫކޮށް ދިނީމައެވެ.

މަޖިލިސް އިންތިހާބު މުއިއްޒަށް ހޯދާ ދިނުމަށް އިލެކްޝަނުން ފައިސާ ހޯދާދީފިއެވެ. މުއިއްޒު ބޭނުންވާ ދުވަހަށް އިންތިހާބު ބާއްވާ ދިނުމަށް ނިންމައިފިއެވެ. ބަރަކާތްތެރި ރޯދަމަހު އިންތިހާބު ނުބާއްވާ ވާނެ އެއްގޮތެއްވެސް އިލެކްޝަނަށް ފެނުނު ކަމަކަށް ނުވެއެވެ. ވާދަވެރިންނަށް ކެންޕޭނު ނުކުރެވުނަސް ވޯޓަރސް ޓާރން އައުޓް ކިތަންމެ ދަށްވިޔަސް ފަރުވާލެއް ނެތްތާއެވެ. ގާނޫނުގެ ބޮލުގައި ރޯދަ އިންތިހާބު އަޅުވާފައި މުއިއްޒު ފައިސާ އަޅާދޭ ކުދިންކޮޅު ނެރެގެން ވޯޓު ލައްވާ ގޮނޑިތައް މުއިއްޒު ކިހިލި ޖަހާލެވޭނެ ގޮތް ހަދާދެވެނިކޮން އީސީއަށް ނިމުނީތާއެވެ.

ވޯޓުފޮށިތައް ބަލަހައްޓަން ސަމަންތަރު ހެޔޮ ޕީއެންސީ ކުދިން ހޯދާ ތަމްރީނުކޮށްފައި ބޭތިއްބުމުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަގެންދެވޭ ނޫން ހެއްޔެވެ. ޕީޕީއެމް- ޕީއެންސީގެ ދަފުތަރުގައި ނަން ނެތެނިކޮށް ނިމުނީތާއެވެ. ނަން އޮތަސް އެކްޓިވްކޮށް އުޅޭކަމަށް ނުހެދީމާ ނިމުނީއެވެ. ކަން ހިނގަނީ މިނޫން އެހެން ގޮތަކަށް ނޫނެވެ. ގަނޫނީ ހަމައެއް އަޅުވާލައިގެން އިލެކްޝަނުން ކަން ހަލާލު ކުރާނެއެވެ. 

ޕާޓީ ތަކުގެ ގާނޫނީ ބެލެނިވެރިޔާ މުއިއްޒާ ޖެހުމުން އޮންނަނީ ނިދާފައެވެ. ޕީއެންސީގެ ޕްރައިމަރީގެ ކަންކަން ދަނީ ދާނެ ގޮތަކަށެވެ. ޕަޓީ ޓިކެޓް ދިނުމުގައިވެސް ހަމަލަމައެއް މުއިއްޒުގެ ނެތެވެ. ކޮއްކޮއަށް ފްރީޓިކެޓެވެ. ދެބެންގެ ދެދަރި ބޭބެއަށް ފްރީޓިކެޓެވެ. އަދުރޭއަށް ބިލާދަރު މައިޓިކެޓެވެ. ފައިސާވެރިންނަށް ދާއިރާ ޓިކެޓްތައް ދައްކައިގެން ފައިސާ ނަގަފައި ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި އެތައް ބަޔަކަށް ޕްރައިމަރީގައި ބައިވެރިއެއް ނުވޭ ގޮތަށް ނިންމީއެވެ. ވަކި ބަޔަކަށް ޕްރައިމަރީން ކެންޑިޑެންސީ ނުދީފާ އެމީހުންގެ ނަމުގައި ބަޖެޓުން ފައިސާ ނަގަން މުއުއްޒަށް އޯކޭވިއެވެ. އެންމެ ފަހުން ކަންކަން ގޯހުން ގޯހަށް ގޮސް ޕްރައިމަރީން ފުރުސަތު ނުދޭން ނިންމި މީހުނަށް ފުރުސަތު ދޭން ނިންމާ ޕްރައިމަރީ ދިނުމުގައިވެސް މުއިއްޒު އުނބަށް ޖެހީއެވެ.

އަޖައިބެއް ކަހަލަ ކަމެކެވެ. މުއިއްޒަށް ފޭރި ނުގަނެ އެއްކަމެއްވެސް ނުވެއެވެ. ރިޔާސީ ޓިކެޓް ފޭރިގަތީއެވެ. ދޮގާ ވަގާ މަކަރުން ވެރިކަން ފޭރިގަތީއެވެ. ޕާޓީ ބޮޑުކުރަން އާއްމު މެންބަރުންވެސް ފޭރިގަނެ ވަގަށް ނެގީއެވެ. މަޖިލިސް މެންބަރުން ތަކެއްވެސް ފޭރިގަތީއެވެ. ބަޖެޓުން ސިޔާސީ ޕާޓިތަކަށް ދޭ ފައިސާއިން 18 މިލިޔަން ފޭރިގަތީއެވެ. މިހާރު އެއުޅެނީ 20ވަނަ މަޖިލިސް ފޭރިގަންނާށެވެ. އާނއެކެވެ. ރައިސް ޔާމީނު ވިދާޅުވާ ޒާތުގެ މިނިކާ ބާޒެއް ވީމާ ނުފޭރޭނެ އެއްޗެއް ނުއޮންނާނެ ތާއެވެ.

]]>
Mon, 22 Jan 2024 16:32:16 +0500 ހީރަސްނިއުސް
ގެއްލުނު ކަނޑު ހޯދުމުގެ ނަމުގައި ދައުލަތް ދަވާލަނީ! https://heerasnews.com/2200 https://heerasnews.com/2200 ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނު އަސާސީ ބުނަނީ ގާނޫނުގައި ބަޔާންކުރާ އާޕިލަޖިކަލް ބޭސް ލައިނުން ފެށިގެން 12 ނޯޓިކަލް މޭލު އެތެރެއަކީ ރާއްޖޭގެ ސިޔާސީ ސަރަހައްދު ކަމަށެވެ. ރާއްޖޭގެ ސިޔާސީ ސަރަހައްދަށް އަންނަ ކޮންމެ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކާ ބެހޭ ގާނޫނުގައި ވާގޮތުން ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ދަމާލެވިފައި ވަނީ ރާއްޖޭގެ ގުދުރަތީ އަތޮޅު ތަކުގެ އެންމެ ބޭރު ދުނިން ވަށާޖެހޭ ގޮތަށެވެ. ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ކަމަށް ގާނޫނުގައި ބުނާ ރޮނގު ދަމާލެވިފައި އޮންނަނީ ތިލަދުންމަތީގެ އެންމެ އުތުރު ކޮޅުން ފޮއްތެލުގެ އެންމެ އިރުން އައްޑޫގެ އެންމެ ދެކުނުން މަކުނުދޫގެ އެންމެ ހުޅަގުން ތިލަދުންމަތީގެ އެންމެ އުތުރަށް ނިމޭގޮތަށެވެ. އެހެން ކަމުން ރާއްޖޭގެ ސިޔާސީ ސަރަހައްދަކީ މިދެންނެވި ބޭސް ލައިނުން ފެށިގެން 12 ނޯޓިކަލް މޭލުގެ އެތެރެއެވެ. މަލިކެއް ފޯޅަވައްސެއް އެ ބޭސް ލައިނުގެ ތެރެއަކު ނުހިމެނެއެވެ. 

ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ އެހެން ގައުމަކާ ފުށުނާރާ ނަަމަ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލުގެ އެތެރޭގައިވާ ކަނޑުގެ ސަރަހައްދެވެ. 200 ނޯޓިކަލް މޭލުގެ އެތެރޭގައި ހިމެނޭ ސަރަހައްދުން ބައެއް އެއްވެސް އެހެން ގައުމަކާ ފުށުއަރާ ނަމަ ފުށުއަރާ  ގައުމަކާއި އެއްބަސްވެވޭ ގޮތެއްގެ މައްޗަށް ފުށުއަރާ ސަރަަހައްދު ބައި ކުރެވިދާނެ ކަމަށް ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނެއެވެ. 

ރާއްޖޭގެ އެންމެ އުތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ މި ތިން ގައުމުގެ މެދުގައި ވެވުނު އެއްބަސްވުމަކާއި އެއްގޮތަށް ސަރަހައްދު ބައިކޮށްގެން ތިބޭތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. 

ރާއްޖޭގެ ދެކުނުން މޮރިޝަސްއާއި ރާއްޖެއާ ދެމެދު އިގްތިސާދީ ސަރަހައްދު ފުށުއަރާ ކަމަށް ބުނެ ދުނިޔޭގެ ކަނޑުތަކުގެ އިމުގެ މައްސަލަތައް ހަމަޖައްސާ ބައިނަލް އަގުވާމީ ކޯޓް ( އިޓްލޮސް) ގައި މޮރިޝަސްއިން އުފުލި ދައުވާ ފައިސަލާ ކުރެވުނީ އުތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއެރުން ހައްލުކުރި އަސާސްގެ މަތީގައި ބައިނަލް އަގުވާމީ ގާނޫނު ތަކާއެއް ގޮތަށެވެ. ރާއްޖެއަށް ފުށުއަރާ ތަނުން ބޮޑުބައި ލިބޭ ގޮތަށެވެ، 

މޮރިޝަސްއާއި ރާއްޖެއާއި އިގްތިސާދީ ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށް އިޓްލޮސްގައި މޮރިޝަސްއިން ދައުވާކުރުމުން މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ކަނޑުގެ ފުށު އެރުމެއް ނެތްކަމަށް ބުނެ ރައީސް ސޯލިހު ސަރުކާރުން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ހުއްޓުވިއެވެ. އެހެން ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ދުނިޔޭގެ ކޯޓް (އައިސީޖޭ)ން ނެރުނު އިސްތިރާޝީ ލަފައާއި އދ ގެ ޖެނެރަލް އެސެމްބުލީން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ފާސްކުރި ފާސްކުރުމުން މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް އިޓްލޮސްއަށް ހުށަހަޅަފައިވާ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ފުށުއެރުމުގެ މައްސަލަ ބެލޭނެކަމަށް އެ ޓްރައިބިއުނަލުން ނިންމާ އެކަން ބަލާ ފައިސަލާކޮށް ނިންމީއެވެ. 

ކަނޑުތަކުގެ އިމާ ގުޅޭން މައްސަލަތައް ހަމަޖައްސާ އދގެ ޓްރައިބިއުނަލުން ބައިނަލް އަގުވާމީ ގާނޫނާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނާ އެއްގޮތަށް ހަމަޖައްސާ ނިންމާފައިވާ މައްސަލައެއް ފުށުން ޖަހާލުމަކީ ކުރެވޭނެ ކަންކަމެއް ނޫނެވެ. ގާނޫނީ މާހިރުންގެ ބަޔަކު ހަޔަރކޮށްގެން އެތައް މިލިޔަން ރުފިޔާއެއް މައްސަލަ ދިރާސާ ކޮށްލަން ވެސް ރާއްޖޭން ހަރަދު ކުރަން ޖެހޭނެއެވެ. މައްސަލަ އިސްތިއުނާފް ކުރެވެން އޮތް ނެތް ކަނޑައެޅުމަށާއި އިސްތުއުނާފް ކުރެވޭ ގޮތްވެއްޖެ ނަމަ ކާމިޔާބު ވުމުގެ ފުރުސަތު ނެތް ކަމަކަށް ދިވެހި ދައުލަތުން އެތައް މިލިޔަން ޑޮލަރެއް އިސްރާފުކޮށްލަން މުއިއްޒު އެއުޅެނީ ވެރިކަމަށް އައުމަށްޓަކާ ދެއްކި ބުހުތާނު ދޮގެއް ތެދުކުރުމަށްޓަކައެވެ. 

ކަނޑުގެ އިމުގެ ފުށު އެރުން ހަމަޖެއްސުމުގައި ގޯހެއް ހަދާފައި އޮތްތޯ ބެލުމަށާއި ކަމާގުޅޭ ދިރާސީ ރިޕޯޓް ހަދަން ހަރަދުވަނީ ކިހާ ފައިސާއެއް ކަމެއް މަސައްކަތް ހަވާލުކުރީ ބައިނަލްއަގުވާމީ ކޮން އެކްސްޕާޓަކާ ކަމެއް ނުވަތަ ކޮން ލޯފާމަކާކަން ހާމަކުރުމަކީ ވަރަށް ހައްސާސް ކަމަކަށް ސަރުކާރަށް ވެއްޖެއެވެ. ގަޔަށް ބާރެއް ނުކޮށް ދައުލަތް ދަވާލަށް ބަޔަކަށް ލިބޭނީ މިހާކަށް ވަރުގެ ފުރުސަތެކެވެ. 

ގެއްލުނު ކަނޑު ހޯދުމުގެ ނަމުގައި މިއޮތީ ދަނޑިމަތި އަނބުރާއިގެން މުއިއްޒާއި ޒަމީރާއި އުޝާމަށް ދައުލަތް ދަވާލަން ލިބިފައިއޮތް ރަނުގެ ފުރުސަތެކެވެ. ފަސް އަހަރު ވަންދެން މުއިއްޒުމެން ކިރުފެލަން އޮތް ގެރިއަކަށް ގެއްލުނު ކަނޑު ހޯދުން ހަދަފައި ބާއްވާނެއެވެ.   

]]>
Sat, 20 Jan 2024 14:44:41 +0500 ހީރަސްނިއުސް
މުއިއްޒު ގައުމު ވައްޓާލަނީ ކުރިއަށްވުރެ މާ ބޮޑު އަނދަވަޅަކަށް https://heerasnews.com/2198 https://heerasnews.com/2198 ވެރިކަމަށް އަރާ ތިޔަ އުޅެގަތް ގޮތަކުން މުއިއްޒު ވެރިކަމަށް ގެންނަން ވޯޓުދިން އެތައް ބަޔަކު މުއިއްޒު ދޫކޮށްލައިފިއެވެ. މަކަރާ ހީލަތާ ބުހުތާން ދޮގު ހަދައިގެން ވެރިކަން ހޯދުނަސް މުއިއްޒުގެ ކިބައިން ކުރި އުންމީދު ކަނޑާލައިފިއެވެ.

ރައީސް ޔާމީނު ފަކީރު އަދިވެސް އެހުންނެވީ ބަންދުގައެވެ. އިންޑިއާ ސިފައިންނޭ ކިޔައިގެން ހެދީ ރޯ ބުހުތާން ދޮގެވެ. ކުރީގެ ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީއަކުން ކަނޑުވިއްކާލި ކަމަށް ބުނި ސިޓީ މުއިއްޒު ސަރުކާރުން އާއްމު ކުރިއިރު އޭގައި ހައްބަ ހަލާުލު މުކައްބަވެސް ނެތެވެ.

ރާއްޖޭގެ ކަންކަން ކޮންމެހެނެއް އޮތަސް ވަރިހަމަތާއެވެ. ދުނިޔޭގައި ބަޔަކު ކުރަންޏާ ކުރާހާ ކަމެއް ވާނީ ކުރަންތާއެވެ. ފޫކޮޅުގައި ކާށިފޮއްޗަކާ ލައިގެން ކާނެ މަސް ފޮއްޗެއް ނެތަސް ވަރިހަމަތާއެވެ. 

ރާއްޖޭން ޑްރޯން އަރުވައިގެން ސަރަހައްދު ބަލަހައްޓަން މުއިއްޒު ސަރުކާރުން ނިންމައިފިއެވެ. އާނއެކެވެ. ސަރަހައްދު ބަލަހައްޓަން ޑްރޯން ބޭނުން ކުރުމަކީ ދުނިޔޭގައި އައުކަމެއް ނޫނެވެ. ކިތަންމެ ބަޔަކު ކޮށްއުޅޭކަމެކެވެ.

އެހެނެއް ކަމަކު އެވަރުގެ ވަރުގަދަ އޮޕަރޭޝަނެއް މެދުނުކެނޑި ހިންގާލެވޭ ވަރުގެ ފޯރުންތެރި ކަމެއް ދިވެހި ދައުލަތަކު ނުހުންނާނެއެވެ. އާއްމު ރައްޔިތުންނަށް އަތްފޯރާފަށަށް ކާބޯތަކެއްޗާއި ބޭސް ފަރުވާއާއި އަސާސީ ހިދުމަތްތައް ފޯރުވާ ނުދެވިގެން އުޅޭއިރު ތިޔަ ޖަހަން އުޅެނީ ކޮން މަރު ސަކަރާތެއް ހެއްޔެވެ.

ބަޔަކު ސެޓެލައިޓް ޖައްވަށް ފޮނުވާ ރޮކެޓް އަރުވާ ހެއްޖަކަސް އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ. ގައުމީ އާގު ބޯޓު ކުންފުންޏަށް ކަތީބަކު ލައިގެން އާގު ބޯޓު ދުއްވަން އުޅޭހެން ކަންކަމެއް ނުވާނެއެވެ.

ކުރީ ސަރުކާރުން ދިންގޮތަށް އެއްވެސް ބަދަލެއް ނުގެނަސް ހަވާލުކުރަން ބުނި މާލޭ މީހުންގެ ގޯތިތަކާ ފުލެޓްތައް ދޭކަށް ނޫޅެއެވެ. އެކަމާ ކަންބޮޑުވެގެން އުޅޭ މީހުން ފުލުހުން ފޮނުވައިގެން ތަޅާ ރޯނާ ގަންނަވާލިޔަކަސް ވައުދުވީ ގޮތަށް ކަންކުރެވޭ ކަމަކަށް ނުވާނެއެވެ.

ކެންޕޭނަށް ގޮސް އުޅުނު އިރު ކަންފަތް ދޮށުގައި ސިއްރު ސިއްރުން މީހުން އެދުނީ ވަޒީފާއިން ވަކި ނުކޮށް ބައިތިއްބާ ދޭށޭ ގައިމު ބުންޏެވެ. އެކަމަށްޓަކައި ވަކި ނުކުރާން ބުނި ވަޒީފާ ތަކުން މީހުން ކަނޑަނީ ދޮންކަޅު އަންގާ ނުލައެވެ. ވަޒީފާއިން ވަކިނުކުރާނެ ކަމަށް ބުނި ފެނަކަ މުއައްޒަފުން ކަނޑާލުމުން ނިކުމެ އެތިބީ މަގުމަތީ މުޒާހަރާގައެވެ. ދޭން ބުނި ގޯތިތަކާ ފްލެޓްތައް ހަވާލުނު ކޮށްގެން އެއްވާނަކަށް އެތިބަ ޖެހެނީއެވެ.

އެކަމަކު އަތްގުޅިނުކާ މުސާރަގައި މީހުންތައް ސިޔާސީ މަގާމުތަކަށްލާ މަތި ބަރުކުރަނީއެވެ. ކުށުގެ ރެކޯޑެއް ތަނެއް ދޮރެއް ބަލަނީއެއް ނޫނެވެ. މެންބަރުން ގަތުމާ މުއައްސަސާތަކާ ކުންފުނިތައް އުފައްދަނީ އަޑު ކިޔާލާފައެވެ.

ސިޓީ ކައުންސިލް ބާރުވެރިކޮށް އެޗްޑީސީ އުވާލާ ސިޓީ ކައުންސިލާ ހަވާލުކުރަން ބުނި ހުޅުމާލެ ވެސް ސަރުކާރުން ބައްކުރަނީއެވެ. ވަޒީރުން ފޮނުވައިގެން މާލެ ސިޓީ ކައުންސިލް ކޮށާ ކުދިކޮށް ވިހާ މަރުވާ ބަލަހައްޓާ ތަނަކަށް ބަދަލުކޮށްލަނީއެވެ.

އިންޑިއާއަށް ގޮތްދޫ ނުކުރާން އަތު އޮތް ޑޯނިއަރ މަތިން ދާބޯޓް ބޭނުން ނުކުރުމުން އައްޑޫން ޒުވާނަކު ކަނޑުވެ ގެއްލި ދިއައީއެވެ. ހެލްކޮޕްޓަރ ހުރެމެ އެ ބޭނުން ނުކުރާން ބޮޑާވެ ގަތުމުން ގއ. ވިލިގިލިން ބަލިމީހަކު ހާލުބޮޑުވެ މާލެ ގެެނެވޭ ގޮތްނުވެގެން ރައްޔިތުން މަގަށް ނިކުމެ ހޮސްޕިޓަލްގެ ނަން ހެލްތު ޕޯސްޓަށް ބަދަލު ކުރީއެވެ.

މުއިއްޒެވެ. އަދިވެސް ހޭއަރާކަށް ނުވޭ ހެއްޔެވެ. ތިޔަ ހުރި ބޮޑަކަމާއި ގޮތް ދޫނުކުރުން ދޫކޮށް ހަމަ ބިމަށް ފައިބާކަށް ނުވޭހެއްޔެވެ. ހަމަ ތެދެކެވެ. ކުރީގެ ވެރިކަން ތަކުގައި ހެދިގޯސް ނުހަދާ ހެޔޮވެރިކަމެއް ކުރަން ލިބުނު ފުރުސަތުގައި ގައުމު ތިޔަ ވައްޓާލަނީ ކުރިއަށް ވުރެވެސް މާ ބޮޑު އަނދަ ވަޅަކަށެވެ. 

]]>
Fri, 19 Jan 2024 11:38:39 +0500 ހީރަސްނިއުސް
މިސައިލާ ކްލާސްޓަރބޮމާ ބޮންއަޅާ ބޯޓް ނުހޯދާތަ! https://heerasnews.com/2191 https://heerasnews.com/2191 ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ވަރަށް އިތުބާރާ އެކު ޑރ. މުއިއްޒު ރައްޔިތުންގެ ކުރި މައްޗަށް ހުއްޓި ވަޑައިގެން ހުންނަވާ ވިދާޅުވީ " ތިޔަ ބޭފުޅުންގެ ކުރިފުޅުމަތީ އަޅުގަނޑު ހުއްޓި މިހުރީ، ނިކަން ހުތޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި" ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ވަޅުގަނޑަކީ ރައްޔިތުންގެ އުންމީދު ތަކާއި ރައީސް މުއިއްޒު އެކުލަވާލާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާއި ދެމެދުގައި އޮތް ވަޅުގަނޑެއް ކަމަށެވެ. 

17 ނޮވެންބަރު 2023 ދުވަހު ކުރުކޮށް ސާފުކޮށް އެ ވިދާޅުވެ ދެއްވީ އެ އޮތް ވަޅުގަނޑެއްގެ ސަބަބުން ރައްޔިތުންގެ އުންމީދުތައް މުއިއްޒު ސަރުކާރަށް ހާސިލު ކޮށްދެއްވެން ނެތް ވާހަކައެވެ. ދިވެހިރާއްޖޭގެ އިޤުތިޞާދު އެ ދުވަހު ވެއްޓިފައި އޮތް ފުން އަނދަވަޅުން އަރައިގަނެގެން ރައްޔިތުންނަށް ހިދުމަތެއް ކޮށްދެވޭނެ ވަރު ނުވާނެ ކަމަށް ވިދާޅުވީ މުޅި ދުނިޔެއަށް އިވޭ ވަރަށެވެ. މުއިއްޒު ދިވެހި ދައުލަތާ ހަވާލުވެ ވަޑައިގެން އިރު 119 ބިލިއަން ރުފިޔާއަށް ދިވެހި ދައުލަތުގެ ދަރަނި އަރާފައި އޮތްކަމަށް އަސަރާއެކު ވިދާޅުވިއެވެ. ރާއްޖޭގެ މުޅި މާލީ ޙަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަންޏަކީ އެއީ ކަމަށް ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވިއެވެ. 

އަސަރާއެކީ ރައީސް ދެއްކެވި ވާހަކަފުޅު ތަކުން ރައީސް އަރިހުން އެއްވެސް ކަމަކަށް އުންމީދު ނުކުރެވޭ ވަރަށް އެ ދުވަހު ރައްޔިތުން މާޔޫސް ކޮށްލެއްވިއެވެ. ދަރަނި އަދާކުރުން ނޫން އެއްވެސް ކަމެއް ސަރުކާރުން ކުރަން އޮވެދާނެ ކަމަކަށް ރައްޔިތުންނަށް ގަބޫލެއް ނުކުރެވެއެވެ. 

އާމްދަނީ ހޯދަން ކުރަން މަޖުބޫރު ކަމެއް ނޫނީ ސަރުކާރުން ނުކުރާނެ ކަމަށް ގަބޫލު ކުރެވުނެވެ. އިސްރާފް ކުޑަކޮށް ކުރިއަށްވުރެ ބޮޑުތަނުން ދައުލަތުގެ ހަރަދު ކުޑަކުރާނެ ކަމަށް ބެލެވުނެވެ. ވަޒީރުންނާއި ސިޔާސީ މަގާމުތައް މަދުކޮށް އާމްދަނީ އިތުރު ކުރެވެން ހުރި ކަންކަމަށް ނޫނީ ލޯލާރިއެއް ވެސް ހަރަދު ނުކުރާނެ ކަމަށް ޔަގީން ކުރެވުނެވެ. ސަރުކާރު ކުޑަކޮށް ކޮމެޓީތަކާއި ބޯޑްތައް މަދުކޮށް ކުންފުނިތައް މާރޖުކޮށް ގަވަރނަންސް ވަރުގަދަ ކުރާނެ ކަމަށް ބެލެވުނެވެ. އިސް ސަފަށް ގާބިލު މަދު ބަޔަކު ލައިގެން އެފެސެންޓް ކުޑަ ސަރުކާރެއް އޮންނާނެ ކަމަށް އުންމީދު ކުރެވުނެވެ.

މަނިކާ ރޯއްޖާއެވެ.! ކަން ކުރަނިއްޔަކީ އެހެންނަކުން ނޫނެވެ. ބައި ބޮޑު ކުރަން ނުކުރާ އެއްކަމެއް ނެތެވެ. ގިނަވެގެން ދިހަވަރަކަށް ވަޒީރުން ލައިގެން އެކުލަވާލެވެން އޮތް ސަރުކާރެއް އެކުލަވާލީ 22 ވަޒީރުން ލައިގެންނެވެ. ވަޒީރުންނަށް ވުރެ މަތީން ސީނިއަރ މިނިސްޓަރެކެވެ. ވަޒީރުން ފެންވަރުގައި ތިރީހަކަށް މީހުންނެވެ. ސްޓޭޓް މިނިސްޓަރުން ސަތޭކައާއި ކައިރި ކުރަނީއެވެ. ވަޒީރުންގެ ނައިބުން ދުއިސައްތައަށް އަރަނީ އޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. ރަސްމީ ދަފްތަރަށް ނާރާ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންގެ ހިސާބެއް އަދަދެއް ނޭގެއެވެ. ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކަށް އައްޔަނު ކުރާ ސިޔާސީ މަގާމް ތަކުގެ އަދަދެއް އަމްދުން ނޭނގެއެވެ. 

ދެން އޮތީ ކުންފުނިތަކެވެ. ކުރިއްސުރެވެސް އޮތްހާ ދިރުން ނެތް ކުންފުނިތައް ބާއްވައިގެން ކުންފުނިން ކުންފުނި އުފައްދަނީއެވެ. ކޮންމެ މިނިސްޓްރީއަކާއި މުއައްސަސާއަކުން ކޮލެޖު ތަކާއި އެކަޑަމީ ތަކާއި ރިސަރޗް ސެންޓަރ އުފައްދަނީ ފަތުއަޑު ކިޔާފައެވެ. ހައްޖު ކޯޕަރޭޝަނާއި ޒަކާތު ހައުސްއާއި ނަން ހުސްކޮށް މުއައްސަސާތަކާއި ބޯޑްތަކާއި ކޮމެޓީތަކާއި ކުންފުނި އުފެއްދުން ނޫން ކަމެއް މުއިއްޒުގެ ނެތެވެ. ހައްތަހާ ވެސް ދައުލަތުގެ ފައިސާ އިސްރާފް ކުރާނެހާ ގޮތް ގޮތެވެ. 

މައްއސަލައެއް ނެތްތާއެވެ. ދިވެހިން ދެން އުޅޭނީ ސިންގަޕޫރާއި މެލޭޝިޔާއާއި ބެންކޮކުން ބޭސް ފަރުވާ ކޮށްގެންނެވެ. ތުރުކީއާއި އައުސްޓްރޭލިއާއި ދެކުނު އެފްރިކާއިން ކާބޯތަކެތި އެތެރެ ކޮށްގެންނެވެ. ލަންޑަނާއި އެމެރިކާއިން މުނިފޫހި ފިލުވައިގެންނެވެ. ފެންތައްޓެއް ބޯލާހާ ލުއިކޮށް ހައްޖު އުމްރާ ވެގެންނެވެ. އުންމީދުތައް ހާސިލުވެ ދިވެހިން ލަވަކިޔާލާފައި އުޅޭ މަންޒަރު ފެންނަން ފެށީމާ އުފަލުން ރޮވެއެވެ. މިވަރު ބަޔަކަށް އޮންނާނީ ކޮން އިންޑިއާ ހެއްޔެވެ.

އެއަށް ވުރެވެސް އަދި މާ ބޮޑު ކަމެކެވެ. ގައުމީ ދިފާއީ ބާރު ދުނިޔޭގެ ފެންވަރުގެ ބާރަކަށް ހަދަން އަޝްކަރީ މަތިންދާ ބޯޓާއި ހެލްކޮޕްޓަރާއި އެންމެ ފަހުގެ ސަވައިލެންސް އާލާތް ރާއްޖެއަށް ހޯދަނީއެވެ. މަނަވަރާއި ސަބް މެރިންނާއި ނިއުކުލިއަރ ހަކަތައަށް ދާންދެން ނެތިއެއް ނުވާނެއެވެ. އެންމެ ޒަމާނީ ހަތިޔާރާއި ދުރާއި ކުރު ރާސްތާ މިސައިލާއި ކްލާސްޓަރ ބޮމާއި ބޮން އަޅާ ބޯޓް ފަހަރާ ވެސް ނުހޯދައެއް ނުވާނެއެވެ.  

ދިވެހިން ފިކުރެއް ހިޔާލެއް ކުރާނެ ކަމެއް ނެތެވެ. ރައީސް މުއިއްޒު ހުވާކުރެއްވި އިރު އޮތް ފުން އަނދަވަޅު "ގަނޑު" ފަސްއަޅާ ފޮރުވާ ލައްވާ ބިމާ ހަމަކޮށް ލެއްވިލެއް ކިހާ އަވަސް ހެއްޔެވެ. ވެރިކަމަށް ދެމަސް ފުރޭއިރު ދިވެހިންގެ ހުރިހާ އުންމީދެއް ލާފުރާ ފުރުހަމަ ވަނީއެވެ. ރަނގަޅު ނޫނީ މިވެނި ކަމެކޭ ނުބުނެޥޭ ވަރަށެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ. ހުވާ ކުރެއް ވުމަށްފަހު އޮތްކަމަށް ވިދާޅުވި އެއްކަލަ 116 ބިލިއަންގެ ދަރަނިން ހަތަރުއަނާއެއްގެ މިންވަރުވެސް ނުދެއްކެއެވެ. ދެއްކޭނެ ގޮތެއްވެސް ނެތެވެ. އަދިވެސް އެންމެން ބާރަށް މޭގައި އެއް އަތް އަޅާށެވެ. 

]]>
Tue, 16 Jan 2024 20:34:37 +0500 ހީރަސްނިއުސް
މަރުހަބާ މޭޔަރ އާދަމް އާޒިމް https://heerasnews.com/2178 https://heerasnews.com/2178 މާލެ ސިޓީ މޭޔަރ ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަނުން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ދަނީ ކުރި ހޯއްދަވަމުންނެވެ. މިހާތަނަށް އިއުލާނު ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު އާދަމް އާޒިމް މާލޭ މޭޔަރުކަން ކާމިޔާބު ކުރައްވާނެކަން ކަށަވަރު ވެއްޖެއެވެ. 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ބޭއްވޭ އެންމެ ވާދަވެރި އިންތިހާބުގައި މާލޭ ރައްޔިތުން ޑރ. މުއިއްްޒަށް ނޫނެކޭ ބުނެފިއެވެ. މާލޭ މޭޔަރުކަން ޕީއެންސީއަށް ނުލިބުމަކީ ޑރ. މުއިއްޒުގެ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. 

މާލޭ މޭޔަރުކަން އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބަށް ފަހު އެމްޑީޕީއަށް ހަމަޖެހުމުގެ ނޭވާއެއް ލުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދިވެސް ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް އޮތްކަން ރަމްޒުކޮށްދޭ ކަމެކެވެ. 

މާލޭ ސިޓީ މޭޔަރ އިންތިހާބުގައި އާދަމް އާޒިމު ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަށް ހީރަސް ނިއުސް ޓީމުގެ ފަރާތުން މަރުހަބާ އާއި ތަހުނިޔާ ދަންނަވަމެވެ.

]]>
Sat, 13 Jan 2024 19:46:10 +0500 ހީރަސްނިއުސް
އާޒިމާ ހޮވުމުގެ ޝައުގެއް މުއިއްޒުގެ ނެތް https://heerasnews.com/2177 https://heerasnews.com/2177 އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިންގޮތުގައި މާލޭސިޓީ މޭޔަރު ކަމަށް އާޒިމާ ޝަކޫރު ހޮވުމުގެ މާބޮޑު ޝައުގެއް ރައީސް މުއިއްޒުގެ ނެތެވެ. ރައީސް ހީފުޅުކުރެއްވި ވަރުގެ ޕޮޓެންޝަލް ކެންޑިޑޭޓަކަށް އާޒިމާ ނުވާކަމަށް އެ މަސްދަރުން މައުލޫމާތު ދިނެވެ. 

އާޒިމާ ޝަކޫރާއި މެދު ރައީސް އުންމީދު ކަނޑުއްވާލެއްވީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑަށް މަގުބޫލުކަން ގެއްލެވޭ ވަރުގެ ގިނަ ކަންތައް ތަކެއް ހުރުމުންނެވެ. އެގޮތުން ފާހަގަ ކުރެވޭ އެންމެ ބޮޑު ކަމަކީ ކޯޓްތަކުގައި ހުރި މައްސަލަ ތަކެވެ. 

އިސްލާމިކް ބޭންކުން ނެގި ލޯނެއް ނެގުމުގައި ވީއެއްބަސްވުމާ އެއްގޮތަށް ލޯނު އަދާނުކޮށްގެން ޝަރީއަތަށް ދަރަނި ސާބިތުވެފައި އޮތް އޮތުމަކީ ގަބޫލު ކުރެއްވޭ ކަމަކަށް ނުވާކަމަށް ވެއެވެ. ޕްލެޓިނަމް ކުންފުންޏަށް އޮތް އިތުރު ދަރަންޏެއް ފެންމަތި ވުމަކީވެސް ރައީސްގެ ކަންބޮޑުވެ ވަޑައިގަތުމަށް މެދުވެރިވި ކަމަށް ވެއެވެ. 

ކުރިމިނަލް ކޯޓްގައި ހިނގަމުންދާ ކުށުގެ މައްސަލައެއް އޮތުމަކީވެސް އާޒިމާގެ މަތިން ރައީސް ފޫހިވެ ވަޑައިގެން ސަބަބެއް ކަމަށް ވެއެވެ. މިހާ ނުސާފު ބޭފުޅަކަށް އާޒިމާ ވެވަޑައިގެންފާނެ ކަމަށް ހިތްޕުޅަށް ވެސް އަރާވަޑައި ނުގަންނަވާ ކަމަށް ވެއެވެ.

އާޒިމާ ފަދަ ތައުލީމީ ކަނބަލަކާ ގުޅުވައިގެން ދެކެވޭ ވާހަކަ ތަކަކީ ސިޔާސީ ގޮތުން ދެކެވޭ ވާހަކަ ކަމަށް ކުރިން ރައީސް ހީފުޅު ކުރެއްވިއެވެ. އާޒިމާއަށް އިތުބާރު ކުރައްވާ ޕްރައިމަރީއަކާ ނުލާ ޕާޓީ ޓިކެޓް އާޒިމާއަށް އެރުވުނީތީ ރައީސް މިހާރު ހިތާމަފުޅު ކުރައްވާ ކަމަށްވެއެވެ. 

މޭޔަރ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ކެންޕޭނުގެ އެންމެ ފަހު ވަގުތުކޮޅު ބޮޑު ޓީމަކާއެކު ރާއްޖޭން ބޭރުގައި ހުންނަވަން ރައީސް ނިންމެވީ އާޒިމާ ހޮވުމުގެ އެއްވެސް ޝައުގުވެރި ކަމެއް ރައީސްގެ ނެތުމުން ކަމަށްވެއެވެ.

]]>
Fri, 12 Jan 2024 17:27:09 +0500 Chief Editor
ޝިޔާމަށް: މަސްވެރިކަމުގެ ސިނާއަތު ފުޑާލަން ނޫޅޭތި! https://heerasnews.com/2174 https://heerasnews.com/2174 ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކޮށް ދިނުމުގެ ރަނގަޅު ނިޔަތް ޗައިނާ ސަރުކާރުގައި އޮތެއް ކަމަކު ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ކިބައިގައި އޮތް ހެނެއް ހިޔެއްނުވެއެވެ. ރައީސް މުއިއްޒުގެ ޗައިނާ ދަތުރަކީ މަސްވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ދަތުރެއް ކަމަށް މިނިސްޓަރ ޝިޔާމް ދުލުކުރިން ބުންޏަސް އެކަމަށްޓަކާ ކުރެވޭ ކަމެއް ބުނެއެއް ނުދެވެއެވެ. 

އާނއެކެވެ. ޗައިނާ ސަރުކާރާ އެކީގައި ކުރެވޭނެ މަސައްކަތްތައް ޔަގީނުން ވެސް ހުންނާނެއެވެ. ޝިޔާމް ނުބުންޏަސް އެންމެނަށްވެސް އެކަން އެނގޭނެއެވެ. ފުޖިއާން ޕްރޮވިންސްގެ މޭޔަރާ ބައްދަލުކޮށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ކުރީ ކޮން މަޝްވަރާތަކެއް ކަމެއް ނުބުނެވެނީ ވަކިކަމެއް ވަކިގޮތަކަށް ކުރަން އެއްބަސް ނުވެވޭތީކަން ޔަގީނެވެ. 

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މިވަގުތު ހުރި މައްސަލަތައް ހައްލުވާ ތަން ޝިޔާމަށް ފެންނަން ފެށީ ރައީސްގެ ޗައިނާ ދަތުރުފުޅާ ގުޅިގެން ކަމަށްވާނަމަ ކުރިން ޝިޔާމް އެދެއްކީ ކޮން ވާހަކަ ތަކެއް ހެއްޔެވެ. ރާއްޖޭގެ މަސްވެރިކަމަށް ހުރި ދަތިތައް ހައްލުނުވެގެން އުޅެނީ ޓެކްނޮލޮޖީ އާއި އެކްސްޕަޓީޒް ނެތިގެނެއް ނޫނެވެ. ކިރިމަހަށް ފައިސާ ނުދެވިގެން އުޅެނީ ކޮން ޓެކްނޮލޮޖީ އަކާއި އެކްސްޕަޓީޒްއެއް ނެތިގެން ހެއްޔެވެ. ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ހިންގައިގެން މަސްވެރިންނަށް އައިސް ނުދެވެނީ ކޮން އެކްސްޕަޓީޒްއެއް ނެތިގެންހެއްޔެވެ. 

ޗައިނާގައި ހުރި އެންމެ ބޮޑު މަސްވެރިކަމުގެ ކޯޕަރޭޝަނަށް ހޮންދޮން ފިޝަރީޒް ކޯޕަރޭޝަންއަށް ވަދެލެވުނީމާ އާސޯހުވެ ސޮނިވެއްޓި އާގަމަ ވާނެއެވެ. އެތަނުގެ އުފެއްދުންތަކާއި އެތަން ދުނިޔޭގެ އެހެން ގައުމުތަކަށް ފުޅާވެފައި އޮތް މިންވަރު އެނގި ސިއްސައިގެން ދާނެއެވެ. ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޗައިނާގައި ކަންކުރާގޮތަށް ރާއްޖޭގައި ކަންކަން ކުރެވޭނެ ކަމަށް ހީކޮށް ރާއްޖޭގައި އޮތް ކަޅުބިލަމަހާއި ކަންނެލީ މަސްވެރިކަން ނޫން އެހެން ގޮތެއް ހޯދަން އުޅެގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޑާލަން ކޮންމެސް ނޫޅެއްޗެވެ. 

ތިޔަހެން ކޮށްލާ ދަތުރަކުން ފެންނަ ތަނަކުން ޒަމާނުއްސުރެ ދިވެހިން ކުރަމުންއައި ކަޅުބިލަ މަހާއި ކަންނެލީގެ މަސްވެރިކަން ދޫކޮށް އެހެން ގޮތަކަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުރޮޅާލަން ނުވިސްނައްޗެވެ. ޝިޔާމް މެންނަށްވުރެ ކުރިން ރާއްޖޭގައި ވެރިކަން ކުރި މީހުންވެސް ތިޔަ ތަންތަން ދުއްޓެވެ. ބަޔަކު ކަމެއް ކުރިޔަސް އެންމެނަކަށް ބަޔަކު ކުރާހާ ކަމެއް ނުކުރެވޭނެއެވެ. 

ޗައިނާއަކީ މު ޅިދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް އިގްތިސާދެވެ. މީގެ ހައެއްކަ އަހަރު ކުރިން ދުނިޔޭގެ އެންމެ ބޮޑު އާބާދީއެވެ. ސައިންސާ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރީގައި އޮތް އެއްގައުމެވެ. އެމީހުން ކުރިއަރާ ދިޔައީ އެއް ދުވަހަކުން ދެދުވަހަކުން ނޫނެވެ. އެމީހުން ކުރާހާކަމެއް ރާއްޖެއަކަށް ނުކުރެވޭނެއެވެ. އެ ވަސީލަތެއް އެ ހަކަތައެއް އެ ކުޅަދާނަކަމެއް ރާއްޖެއަކު ނެތެވެ. 

މީގެ މާނައަކީ އައު ފުރުސަތުތައް ހޯދާ އައުގޮތައް ތަޖުރިބާ ކުރަން މަސައްކަތް ނުކޮށް ހުއްޓި ތިބޭ ވާހަކައެއް ނޫނެވެ. ނެތްވަރުން ބަޔަކު ކުރާހާ ކަމެއް ކުރަން ނޫޅޭ ވާހަކައެވެ. ރާއްޖެ އޮތީ ވަރަށް ބޮޑަށް ކަޅުބިލަމަހާއި ކަންނެއްޔަށް ލިމިޓްވެފައި ކަމަށް ދެކިގެން އެކަން ހުއްޓާލަން ކޮންމެސް ނޫޅެއްޗެވެ. ހޮންދޮން ފިޝަރީޒް ކޯޕަރޭޝަނުން އެ ކުރާ ޒާތުގެ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެބަހުއްޓޭ ކިޔާފާ އެފާޑަށް އުޅެ ނުގަންނައްޗެވެ. 

މަސްވެރިންނަށް މިވަގުތު ދިމާވެފައި ހުރި ދަތިތަކުގެ ތެރެއިން އައިސް ލިބުމުގެ ދައްޗާއި ދޯނި ފަހަރުގައި މަސް މެނޭޖް ކުރުމަށްޓަކައި ހުރި ދަތިތައް ހައްލުކުރަން ކުރެވެން އޮތްކަމެއް ކުރާށެވެ. ކިރާ މަހަށް އަވަހަށް ފައިސާ ދެވޭނެ ގޮތެއް ހޯދާށެވެ. ސްޓޯރޭޖްގެ އިތުރުކޮށް ފަސޭހައިން އައިސް ލިބޭނެ ގޮތް ވޭތޯ ބަލާދޭށެވެ. ބައިހަދާފައި ފޮޓޯނަގާ ސޯސަލް މީޑީއާގައި ސްނެޕްކޮށް ކައިބޮއެ މަޖާކޮށް ހަދަން ގޮސްއުޅޭ ކާނިވަލަކަށް ނުހަދާށެވެ.   

]]>
Wed, 10 Jan 2024 14:37:54 +0500 ހީރަސްނިއުސް
މުއިއްޒު ސަރުކާރުން އިސްލާމް ދީނަށް ނަސްރުދޭ ގޮތް https://heerasnews.com/2173 https://heerasnews.com/2173 މަވެތިކަމުގެ އިންތިހާއެވެ. ފުދި އިތުރުވެގެން ބަންޑުން ވަނީއެވެ. ދޫދިނުމެއް ގޮތް ދޫކުރުމެއް ނެތެވެ. ކުރެވުނު ކަންތައް ދިފާއުކޮށް ގަދަ ދައްކަނީއެވެ. ކަންކަން އަޅާކިޔާ އާނ ދޮގޭއޭ ބުނަމުން ދަނީއެވެ. 

އަވަށްޓެރި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާ މިދަނޑިވަޅުގައި ދިވެހީންގެ ސަރުކާރުން ފާޅުކުރަނީ ބޮޑާކަމާ ގަދަކަމެވެ. ޑެޕިއުޓީ މިނިސްޓަރުންގެ 3 މީހަކު އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާއަށް ފުރައްސާރަ ކުރީ އެ މީހުން ޖަޒްބާތުގައި ޖެހުނު ޖެހުމަކުން ކަމަކަށް މިހާރަކު ނުބެލެވެ.

އެ ތިން މީހުންގެ ބަސްމަގު ހުރިގޮތުން ރާއްޖެއާ ދެކޮޅަށް މުޅި އިންޑިއާ ކެކި އަރާއިރު ދިވެހީންގެ ސަރުކާރުން އަޅާ ކަހާނުލައެވެ. ރާއްޖޭގެ އިގްތިސާދު ފުޑުފުޑުވެ ދިވެހި ރައްޔިތުން ނުރައްކަލަށް ވެއްޓުނަސް ދިވެހީންގެ ސަރުކާރަށް ވަރިހަމައެވެ. 

ރާއްޖޭގެ ބޮޑެތި ވިޔަފާރި ވެރިންނާއި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ފަދަ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށް މަޝްރަހު ފިނިކުރަން ހެސްކިޔާފައި މަސައްކަތް ކުރާއިރު ދިވެހީންގެ ރާއްޖޭގެ ރައީސަށް ކަހެރުވަކެކޭ ވެސް ހީނުވެއެވެ. ޕީއެންސީގެ އިސް ގިނަ މެންބަރުންނާއި އެތައް ސަޕޯޓަރުންގެ ފަރާތުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

ދިވެހީންގެ ރައީސް މުއިއްޒު ކުރުމަށްފަހު ޑިލީޓްކުރި ޓްވީޓެއް

ހަމަ ދެއްކުމާ ޖަދަލުކުރުމެވެ. ފުޅާ ދާއިރާއެއްގައި އިންޑިއާގައި ހިންގާ #ބޮއިކޮޓްމޯލްޑިވްސް ކެންޕޭނަކީ ކަން ބޮޑުވުމެއް އޮތް ކަމަކަށް ދިވެހީންގެ ސަރުކާރަކުން ނުދެކެއެވެ. އެމީހުން ތިބީ މާބަޑަށް ފުދިފައެވެ. އެކްސްގައި 46.4 މިލިޔަން ފޮލޯކުރާ އަކްޝޭ ކުމާރާއި 45.5 މިލިޔަން ފްލޯކުރާ ސަލްމާން ޚާންއާއި 48.7 މިލިޔަން ފޮލޯކުރާ އަމީތާބް ބަޗަން ފަދަ އެތައް ބަޔަކު އެއް ފަހަރާ #ބޮއިކޮޓްމޯލްޑިވްސް ޖެއްސުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލޮޅުން އަރާވަރުގެ ކަމެއްކަމަށް ނުދެކެއެވެ. 

ޕީޕީއެމް ސެނެޓް މެންބަރެއްގެ ޗެލެންޖެއް

ކުރެވުނު ކަންތައް ހަލާލުކުރަން ވާހަކަ ދައްކާ މީހުން ދެކޭގޮތުގައި އިންޑިއާއިން ބިހާއި އަލުއްވާއި ފިޔާ ގެންނަނީ ފައިސާދީފައެވެ. ފައިސާ ދިނީމާ އެހެން ގައުމުތަކުން ވެސް އެތަކެތި ލިބޭނެއެވެ. އެއީ ވަރަށް ބޮޑުތެދެކެވެ. އެހެނަސް އެހެން ބުނާ މީހުނަށް ނޭނގޭ ކަމަކީ ކުރުމުއްދަތުގައި ހަލާކުވާ އެބާވަތުގެ ތަކެތި ދުރު ހިސާބު ހިސާބުން ގަނެގެން ގެނަސް ރާއްޖޭގައި އަތްފޯރާ އަގެއްގައި ވިއްކުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވާނެކަމެވެ. އިންޑިއާއިން ބޭސް ނުކޮށް ސިންގަޕޫރާއި ތައިލެންޑާއި މެލޭސިއާ ފަދަ ގައުމުތަކުން ބޭސްފަރުވާ ކުރުމުގެ ފޯރުންތެރިކަން ދިވެހީންގެ ގިނަ ބައެއްގެ ކިބާގައި ނެތްކަމެވެ. 

އާނއެކެވެ ޝުޖާއެވެ. ރިޒްގު ދެއްވަނީ މާތް ރަސްކަލާނގެއެވެ. އަޅުތަކުންނަށް އޮތީ ސަބަބު ތަކުގައި ހިފައިގެން މަސައްކަތް ކޮށް ރިޒްގު ހޯދުމެވެ. ހައްގުން ކަމަކާ ނުލާ ނެތް ހާލަތެއް އުފައްދައިގެން ބަޔަކާ ޖެހިގަނެގެން އުޅުމަކަށް އަމުރެއް ނުކުރައްވައެވެ. ސަބަބުތައް ދޫކޮށް ބޮޑާވެ ގަތުމަކީ ނިއުމަތަށް ފުރަގަސް ދިނުމެވެ. ސިޔާސީ ބޭނުމުގައި ކުރާނެހާ ކަމެއް ކުރަމުން މުސްލިމުންގެ ގޮތޭ ބުނެ ދީން އައްޑަނައަކަށް ހަދައިގެން ވާހަކަ ދައްކާ މީހުންގެ ދީންވެރިކަން ހުރީ ކިހާ މިންވަރެއްގައިތޯ އަމިއްލަ ނަފްސާ ސުވާލުކޮށް ބަލާށެވެ.   

އިންޑިއާއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އާބާދީއެވެ. އިންޑިއާގައި 20 ކްރޯޑް މުސްލިމުން އެބަތިއްބެވެ. މުސްލިމުންނަކީ އިންޑިއާގެ %14.2 އެވެ. އިންޑިއާގައި ދެވަނައަށް އެންމެ ބޮޑު އާބާދީއަކީ މުސްލިމުންނެވެ. އިންޑިއާގެ ޑިމޮކްރެޓިކް ދައުލަތުގައި މުސްލިމު ވަޒީރުންނާއި މުސްލިމް އެމްޕީން ތިބެއެވެ.

މުސްލިމުންނަށް ނަސްރުދޭކަމަށް ދައުވާކުރާ ދިވެހިންގެ ސަރުކާރުން 20 ކްރޯޑް މުސްލިމުން ހިމެނޭ އިންޑިއާއަށް ފުރައްސާރަކޮށް އޮތް އެކުވެރިކަމާ އަހުވަންތަކަން ދޫކޮށް އިސްލާމް ދީނަށް ނަސްރުދޭން ގުޅުން ބަދަހި ކުރަނީ ކޮމިނިސްޓް ޗައިނާއާއެވެ. ޗައިނާއަކީ އެތާނގެ އާބާދީގައި އެންމެ 1.5 އިންސައްތަ މުސްލިމުން  ހިމެނޭ ދައުލަތެކެވެ. މުސްލިމުން ތިބެނީ ނިހާޔަތަށް އެކަހެރި ކޮށްފައެވެ. 

ދިވެހީންގެ ރާއްޖޭގެ ސަރުކާރުން އިސްލާމް ދީނަށް ނަސްރުދޭ ގޮތަކީ ދީނުގެ ރީތި އުސޫލުތައް މުގުރުމެވެ. ޣީބަ ބުނުމާއި އަވަށްޓެރިންނަށް ކަމޭ ނުހިތުމެވެ. ހެޔޮ ފޯރުވާދޭ ފަރާތަށް ޝުކުރުވެރި ނުވުމެވެ. އަހުވަންތަ ކަމުގެ ޒަމާންވީ އިހުތިރާމް ގެއްލުވާ ލުމެވެ. ބޮޑާކަމާ ކިބުރުވެރި ކަމުގައި އިންޑިއާ ފަދަ ބޮޑު ގައުމަކާ ޖެހިގަތުމެވެ. ހުރިހާ ގޮތަކުން ގައުމު ނުރައްކަލަށް ވައްޓާލުމެވެ.  

]]>
Tue, 09 Jan 2024 12:29:53 +0500 ހީރަސްނިއުސް
ފުރަންވީމާ އިންޑިއާއާ ލެޑިގަތަސް ޗައިނާ އަކުން މޮޅެއްނުވާނެ. https://heerasnews.com/2172 https://heerasnews.com/2172 ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު 3 ނައިބު ވަޒީރަކު ލައްވަ އިންޑިއާ އާ ލެޑިގަތީ ޗައިނާއިން ރަން އިލޮށިން ކަދުރު ކާންދޭނެއޭ ހިތާ ނަމަ ތިޔަ ޖެހީ ނުބައި ހިސާބެކެވެ.

ޗައިނާ އަކީ ބައިނަލް އަގްވާމީ ޒުވާބާ ހަނގުރާމަ ތަކުން ދުރުގައި އޮތުމަށް އާދަވެފައިވާ ގައުމެކެވެ. ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުން ގަދަބާރު ދައްކާ ކަންކަމާ ދުރުގައި ޗައިނާ އޮތުމަކީ އެ މީހުންގެ ސިޔާސަތެވެ. ޗައިނާ އަކީ ދުރަށް ވިސްނައިގެން އެ މީހުންގެ މަންޒިލަށް ދަތުރުކުރާ ސްލޯ ޖަޔަންޓެވެ. ހަނގުރާމަވެރި ރޫޙެއްގައި އަލިފާން ދަނޑިއެއްހާ މިންވަރުގެ ބަޑިބޭސް ކޮޅެއްވެސް ޗައިނާއިން އިސްރާފެއް ނުކުރެއެވެ. 

ކޮންމެ ބޮޑު ގައުމަކުން ވެސް އެ ގައުމަކާ އަރާ އަރަފޯދިގެންވާ ގައުމުތަކާ އެކު އޮންނަ ވާދަވެރިކަން އޮތަސް އެފަދަ ގައުމު ތަކުގައި ހިނގާ ބޮޑެތި ވިޔަފާރިތައް ހުރީ ކުދި ގައުމު ތަކަށްޓަކާ ގުރްބާންކުރާ ވަރަށްވުރެ މާމަތީގައެވެ.

އާސްމާނަށް ހިތް އަރައިގެން ސައިޒު އޮޅިގެން މުއިއްޒު ސަރުކާރުން ނޫޅޭށެވެ. ޗައިނާއަށް ފުރަންކައިރި ވީމާ އިންޑިއާ އާ ލެޑިގަތީ ޗައިނާއިން ލައްކަ މޮޅުތަކެއް ހޯދާނަމޭ ހިތާދޯއެވެ. ފުރަމުން ތިޔަ ކުރި ކަންތަކުން ވާންއޮތް ރަނގަޅުން ވެސް ބޮޑުބައެއް އުނިވުން ނޫން ކަމެއް ނުވާނެއެވެ.

ފަހަތުގައި އޮވެގެން އިންޑިއާ އާ މައްލަވަކޮށް އެ ގައުމުގެ ވެރިންނަށާ ހައިބަތަށް ފުރައްސާރަ ކުރުވަނީ ޗައިނާއިން ކަން ދުނިޔެއަށް ދެއްކޭކަށް ޗައިނާ ބޭނުމެއް ނުވާނެއެވެ.

ހަދައިގެން ތިޔަ ދިޔަ ކުރެހުން ތަކާ ޕްރޮޖެކްޓް ތަކުގެ އެނިމޭޝަން ތަކަކީ ހުވަފެނީ ދަޅަކަމާ، އެއީ އިންވެސްޓަރުން އަތުން ފައިސާ ހޯދަން ރާޖޫމެން ޖަހާ ޗައްކަރުކަން ޗައިނާ ހިތުދަސްވާނެއެވެ.

]]>
Mon, 08 Jan 2024 20:59:03 +0500 ހީރަސްނިއުސް
މެޑަމް ސާޖީއަކީ މެޑިކަލް މާފިޔާގެ ރާއްޖޭގެ މިހާރުގެ ބޮސް!؟ https://heerasnews.com/2164 https://heerasnews.com/2164 ވެރިކަމަށް އިންތިހާބު ވުމާއެކު ޖެޓެއް ފޮނުވައިގެން މުއިއްޒު އެކުވެރި އަރަބި އިމާރާތަށް ގެންދިޔަ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރިއެވެ. އެއްޔަކީ އެގައުމުގެ ސަރުކާރާ ގުޅުން އޮތްކަމެއް ނޫނެވެ. އެކަމަކީ ރޯޔަލް ފެމެލީގެ މަހުޖަނަކާ ގުޅުން އޮތް ކަމެކެވެ. 

ދިވެހި ތަހުތަށް މުއިއްޒު އިންތިހާބު ވުމާއެކު ކުއްލިއަކަށް ޖެޓެއް ފޮނުވައިގެން މުއިއްޒު ގެންދިޔަ ގެންދިއުމަކީ ސަމާސާ ކަމެއް ނޫނެވެ. ހުޅުވިފައިވާ ސިނކުޑިއަކުން ވިސްނާލުމުން ތިލަވަމުން އަންނަ ބޮޑު މަންޒަރު ސާފުވާނެއެވެ. 

ފުށިދިއްގަރުފަޅު ހިއްކުމުގައި ސްރީލަންކާގެ ސީއެމްސީސީ ކުންފުނި ކުރި މައްޗަށް ނެރެގެން ބާޓާ އުސޫލުން 70 ހެކްޓަރުގެ ބިން ދިނުމުގެ ވަގު ޑީލްގެ އަސްލު ސޫރަ ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ. 116 ބިލިއަނަށް ދަރަނިވެރިވެފައިވާ ސަރުކާރަކާ ހަވާލުވެ ރަނގަޅަށް ފައި ނުއިނދެނީސް ނެތް ފައިސާއިން މެގަ ޕްރޮޖެކްޓްތައް ހިންގަން ފެށުމުގެ ފަހަތުގައި ގޮތް ނޭގޭ ބާރުތަކެއް ނެތި ނުދާނެކަން ވިސްނާލި ކޮންމެ މީހަކަށް ސާފުވާނެއެވެ. 

ވެރިކަމަށް ސާޅިސް ނުވަނީސް ރަސްމާލެ ހިއްކަންފެށުމާއެކު ހުޅުމާލެ ތިންވަނަ ފޭހުގެ މަސައްކަތް ވެސް ހިންގަން ފަށައިފިއެވެ. ނުތަކާ ވަރަށް ސިޔާސީ މަގާމު އުފައްދައިގެން މީހުނަށް އަތްގުޅި ނުކާވަރުގެ ބޮޑެތި މުސާރަ ދީގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ނުކުރާ ކަމެއްނެތެވެ. އެތައް މިލިޔަނެއް ހޭދަކޮށްގެން މަޖިލީހުގެ 13 މެންބަރުން ގަނެ ވެރިކަން ކަށަވަރު އެބަކުރެއެވެ. ފަސްޓްލޭޑީ ސާޖިދާ ސިވިލް ސާވިސްގައި ދަމަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ. މިހުރިހާ ކަމަކީވެސް ގުޅިލާމެހިފައިވާ އެއްކަމެކެވެ. 

މުއިއްޒުގެ ވެރިކަން ބާރުވެރިކުރުމާ ގުޅިފައިވަނީ ޔޫއޭއީގައި އޮޕަރޭޓްކުރާ މިސަރަހައްދުގެ މެޑިކަލް މާފިޔާ ގޭންގާއެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ކޮވިޑް ލެބްތަކާއި މެޑިކަލް އާލާތްތަކާއި ބޭސް އެތެރކޮށް ވިއްކުމުގައި ޔޫއޭއީގައި އޮންނަ މެޑިކަލް މާފިޔާ އޮތީ ރާއްޖޭގައި ވަކި ހިއްޕާލާފައެވެ. ސިޔާސަތު ކަނޑައަޅާ ހިސާބުން ފެށިގެން މުޅި ސިއްހީ ދާއިރާގައި މެޑިކަލް މާފިޔާ އޮތީ މޫލާފައެވެ. 

ކޮވިޑަކީ ޕްރޮފިޝަނަލުންގެ ގޮތުގައި ނިޒާމުގެތެރެއަށް ގަދަވެ ގަންނަން މެޑިކަލް މާފިޔާ ގޭންގަށް ލިބުނު ރަނުގެ ފުރުސަތެވެ. ވެންޓިލޭޓަރ ގަތުމުގެ ހިޔާނާތް ޑިޒައިންކޮށް ހިންގީ ޔޫއޭއީގައި އޮންނަ މެޑިކަލް މާފިޔާ ގޭންގުންނެވެ. ރާއްޖޭގައި ތިބި އެމީހުންގެ އެޖެންޓުން ލައްވައެވެ. ރާއްޖޭގެ ހެލްތު ޕްރޮފިޝަނަލުންގެ އެތައް ބަޔަކު ތިބީ މެޑިކަލް މާފިޔާގެ އެޖެންޓުންނަށް ހަދާފައެވެ. ރާއްޖޭގެ އެތަންމިތާ ކޮވިޑް ލެބްތައް ހަދައިގެންނާއި ބޭހާއި މެޑިކަލް އިކްއިޕްމަންޓް އެތެރެކޮށް ވިއްކުމުގައި އެމީހުން އެތިބީ ލަވަކިޔާލާފައެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ މެޑިކަލް މާފިޔާ ހުރިހާ އެޖެންޓުންހެން ތިބީ މުއިއްޒާ ބައިއަތު ހިފައިގެންނެވެ. މުއިއްޒުގެ ވެރިކަން ދަމަހައްޓަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައެވެ. މަޖިލީހުން ގޮނޑި ގަތުމަށާއި މަޖިލީހަށް މެންބަރުން ހޮވާދޭން މުއިއްޒަށް ފައިސާ އަޅާދޭ ހޮޅިއަކީ މެޑިކަލް މާފިޔާ ގޭންގެވެ. ފުށިދިއްގަރުފަޅު ހިއްކުމަށް ހަރަދު ކުރަނީވެސް މެޑިކަލް މާފިއާ ގޭންގުން ކަމަށްވެއެވެ.

މުއިއްޒުގެ ނައިބު ރައީސް ސެމްބެއާއި ޑިފެންސް މިނިސްޓަރ ގައްސާނު މައުމޫނަކީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ވިޔަފާރީގައި އުޅެމުން އައި ބަޔެކެވެ. އެ މީހުންނާ ގުޅުން ހުރި ކުންފުނިތަކާ އެކުންފުނިތަކުން ކުރާ ވިޔަފާރިއާއި ލޯހުޅުވައިގެން ބެލީމާ ފެންނާނެއެވެ.   

މެޑިކަލް މާފިޔާއާއި ވަރަށް ކުރިއްސުރެ ޑރ. މުއިއްޒާ ގުޅި އޮތީ ގޮއްޖެހިފައެވެ. މެޑިކަލް މާފިޔާ ގޭންގަށް މުއިއްޒު މުހިންމު ވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ މުއިއްޒުގެ މުށުތެރޭގައި އޮތުމުންނެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއަރ ސައިންޓިފިކް އޮފިސަރގެ ގޮތުގައި ސާޖިދާ ހުރެގެން މެޑިކަލް މާފިޔާ އެދޭހާ ގޮތަކަށް ބޭސް އެޕްރޫވް ކުރުމަކީ އިއްޔެއަކު މިއަދަކު ހިނގާ ކަމެއްނޫނެވެ. އެވަރުގެ އެހެން މީހަކު ރާއްޖޭގައި ނެތް ކަމަށް ދެއްކިގެން ސާޖިދާ ޑްރަގް އޮތޯރިޓީގެ މައްޗަށް ވެރިވެ ގަނެގެން ހުންނަނީ އެހެން ބޭނުމެއްގައެއް ނޫނެވެ. 

ފަސްޓް ލޭޑީއަށް ވުމުންވެސް އެތަނުން ނުނިކުމެ ހުންނަން ސާޖިދާ މަސައްކަތް ކުރަނީ މެޑިކަލް މާފިއާގެ ބޭނުމުގައެވެ. މުއިއްޒާ މެޑިކަލް މާފިޔާއާއި ގުޅުވާދޭ ބުރިޖަކީ ސާޖިދާއަށް ވާތީ ޑްރަގް އޮތޯރިޓީގައި ސާޖިދާ ހުރުމަކީ މުއިއްޒަށްވެސް މެޑިކަލް މާފިޔާ ގޭންގަށް ވެސް މުހިންމު ކަމެކެވެ. މެޑަމް ސާޖީއަކީ މެޑިކަލް މާފިޔާގެ ރާއްޖޭގެ މިހާރުގެ ބޮސްކަމަށް ބުނެއުޅެއެވެ. 

]]>
Sat, 06 Jan 2024 13:27:12 +0500 ހީރަސްނިއުސް
ޚުޠުބާ ވެސް ގޮވާލީ އާޒިމާގެ ދަރަނި އަދާކޮށްދޭން؟ https://heerasnews.com/2163 https://heerasnews.com/2163 ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ. މިއަދުގެ ހުކުރު ހުތުބާ ވެސް އޮތީ ދަރަނި ވެރިންގެ ދަރަނި އަދާކޮށްދޭން ގޮވާލާފައެވެ. އަގުބޮޑު ދިރިއުޅުމަކަށްޓަކާ މަކަރާ ހީލަތުން ދަރަނި ހޯދައިގެން ދަރަނި އަދާ ނުކޮށް ހުއްޓަސް ވަރިހަމަތާއެވެ. ކީރިތި ގުރުއާނުގައި އޮތް އެންމެ ދިގު އާޔަތުގެ މަފްހޫމަކީ ކޮބައިކަން އޮޅުވާލައިގެން އާއްމުންގެ ސިކުނޑިތަކަށް ޑރ. ޝަހީމް ވައްދަދޭން މިއުޅެނީ ކޮން އެއްޗެއް ހެއްޔެވެ. 

މާތްވެގެންވާ އިސްލާމު ދީނުގައި ދަރަނި ހުއްދަވަނީ ނުފޯރާ ފޮތިން ފޫގަޅާކަށް ނޫނެވެ. ދޭ ދަރަންޏަށް ގުނަގުނައަށް އިންޓްރަސްޓްގެ ނަމުގައި ރިބާގެ ގޮތުގައި ޓެކޭކަށްވެސް ނޫނެވެ. ދިވެހި އިސްލާމީ ދައުލަތުގެ މުޅި މާލީ ނިޒާމް ތަތްތެޅެފައި ވަނީ ކުޑައެއް ބޮޑެއްނެތި ދަރަންޏާ ރިބާއިންނެވެ. މިހެން އޮތް މުޖުތަމައެއްގައި ކާކަށް އަދާކޮށްދެވޭނީ ކާކުގެ ކޮން ދަރަންޏެއް ހެއްޔެވެ. 

އަންތަރީހެއް ނުވާނެހެއްޔެވެ. ހައި ހޫނު ހާލުގައި ޖެހިގެން މީހަކު ދަރަނިވެރި ވެދާނެއެވެ. ބޯހިޔާވަހިކަން ލިބޭނެ އެއްވެސް ގޮތެއް ނެތިގެން މީހަކު ދަރަނި ވެރިވެދާނެއެވެ. ބަލިހާލު ބޮޑުވެ ފުރާނަ ސަލާމަތް ކުރުމަށް އެހެން ގޮތެއް ނެތިގެން މީހަކު ދަރަނިވެރި ވެދާނެއެވެ. ދިމާވާ ކުއްލި ނުރައްކަލެއްގެ ސަބަބުން މީހަކު ދަރަނި ވެރިވެދާނެއެވެ. ބަނގުރޫޓު ވުމަކުން ސަލާމަތް ވުމަށް ދަރަނިވެރިވާން ޖެހޭ ހާލަތެއް އަތުވެދާނެއެވެ. އިސްލާމް ދީން ބާރުއަޅަނީ އެފަދަ ޒަރޫރަތްތެރިންގެ ދަރަނިތައް ފިލުވާ ދިނުމަށެވެ. ޒަކާތުންނާއި ޞަދަޤާތުން އަދާކޮށްދޭން ޝަރުއުވެފައިވަނީ އެފަދަ ދަރަނިވެރިންގެ ދަރަންޏެވެ. 

ހުސްވި ހަފްތާއަކީ ދަރަނީގެ އަޑު ރާއްޖޭގައި ފިސާރި ގަދަވި ހަފްތާއެކެވެ. މިއަދުގެ ހުކުރު ހުތުބާ ދަރަނި އަދާކޮށް ދިނުމުގެ މައްޗަށް ހާއްސަވީ އެހެން ވެގެން ކަމަށްވުން ގާތެވެ. އެހެނަސް ހުސްވި ހަފްތާގައި ގަދަވި ދަރނީގެ އަޑަކީ ސަމާސާ މީހެއްގެ ދަރަނީގެ ވާހަކައެއް ނޫނެވެ. 

ރާއްޖޭގައި ތިން ފަހަރަށް ބަންޑާރަ ނައިބުކަން ކޮށްފައިވާ ކަނބަލެއްގެ މައްޗަށް ސާބިތުވީ 4 މިލިއަން ރުފިޔާގެ ދަރަންޏެއްގެ ވާހަކައެވެ. ޕަބްލިކް އޮފީހަކަށް ނިކުތުމަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެގެން އުޅޭ ފުންނާބު އުސް ގާނޫނީ މާހިރެއްގެ މައްޗަށް ސާބިތުވި ދަރަންޏެއްގެ ވާހަކައެވެ. ލަގްޒަރީ ދިރިއުޅުމަކަށްޓަކާ އަގުބޮޑު ފްލެޓެއް ގަތުމަށް ނެގި ދަރަންޏެއް އަދާނުކޮށްގެން ސާބިތުވީ ދަރަންޏެއްގެ ވާހަކައެވެ.

އެ ހަބަރު ބޮޑު ހަބަރަކަށްވީ ރައްޔިތުންގެ ޒިންމާދާރު މަގާމަކަށް ވާދަކުރާ މީހެއްގެ މައްޗަށް އެވަރުގެ ދަރަންޏެއް ސާބިތުވުމެވެ. އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްގެން ކޯޓަށް ދިޔުމުން ކޯޓަށް އެކަން ސާބިތުވުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެކެވެ. ވެވޭ އެއްބަސްވުމަށް އިހުތިރާމް ނުކުރާ މީހަކަށް ރައްޔިތުން އިތުބާރު ކުރަންޖެހޭ ސަބަބެއް ނެތެވެ. 

މިދައްކަނީ އާޒިމާ ޝުކޫރު ވާހަކައެވެ. ރާއްޖޭގެ ބަންޑާރަ ނައިބުކަން ކޮށް ރައީސުލްޖުމްހޫރިއްޔާ ލީގަލް މިނިސްޓަރ ކަން ކޮށްފައިވާ މީހަކު ވެވޭ އެއްބަސްވުމަށް އަމަލު ނުކުރީމާ އިތުބާރުކުރަންވީ ކާކަށް ހެއްޔެވެ. މ. އާސްތަނާ އަކީ ބުރިބުރިއަށް ނަގާފައިވާ އާޒިމާގެ މައިފުނަ ގެއެވެ. އެގެއިން އާޒިމާއަށް ބޯހިޔާވަހިކަން ލިބެން ނެތިއެއް ނުދާނެއެވެ. ޕްލެޓެނިއަމް ފްލެޓަކީ ބޯހިޔާވަހިކަން ލިބެން ނެތިގެން އާއިލާއަކުން ހޯދާވަރަށްވުރެ ލަގްޒަރީ ތަނެކެވެ. މަގާމާ ހައިބަތާ ގުޅޭވަރުގެ އަގުބޮޑު ތަނެއްގައި އުޅެން ޕްލެޓޭނިއަމް އެޕަރޓްމެންޓެއް ހޯދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ އެޕާޓްމަންޓް ގަތުމަށް ނެގި ދަރަނި އެއްބަސްވުމާ އެއްގޮތަށް ނުދެއްކުމެވެ. 

އެންމެ ބޮޑު ގޯހަކީ މާސިންގާ ދަރަންޏެއް ގަވައިދުން އަދާނުކޮށް ހުރެ ދައުލަތުގެ ޒިންމާދާރު މަގާމަކަށް ކުރިމަތިލައިގެން ވާދަކުރަން އުޅުމެވެ. ސަރުކާރު ހިންގާ ޕާޓީގެ ޓިކެޓްގައި އާންމު އިންތިހާބަކަށް އާޒިމާ ނިކުތީ މޭޔަރުކަމުގެ ޓިކެޓް ދިން ޕީއެންސީން އަޒިމާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އަދާކުރުވަން ޖެހި ޗައްކަރެކޭ ނުބުނާ ވަރެއް ނޫނެވެ. އެންމެ ފަހުން ހުކުރު ހުތުބާގައިވެސް އެ ދެއްކީ ދަރަނި އަދާކޮށް ދިނުމުން ހުރި ސަވާބާ ދަރުމައިގެ ވާހަކައެވެ. 

ސަވާބާ ދަރުމައަށްޓަކާ ޒަކާތު ފަންޑުން ވިޔަސް އާޒިމާގެ ދަރަނި އަދާކޮށްނުދިއެއް ނުވާނެތާއެވެ. ފައިސާވެރިންނާއި ނިކަމެތިންވެސް ގިޔާމަތް މަހުޝަރަށްޓަކައި އާޒިމާގެ ދަރަނި އަދާކޮށް ދިނުމަށްވުރެ އެހެން ހެޔޮކަމެއް ނެތޭ ހުތުބާވެސް ބުނާ ކަހަލައެވެ. 

]]>
Fri, 05 Jan 2024 16:33:36 +0500 ހީރަސްނިއުސް
އާޒިމާއަށް މާލޭ މޭޔަރުކަން ދޭން ނުޖެހޭ ސަބަބުތައް މިހުރީ.. https://heerasnews.com/2160 https://heerasnews.com/2160 މާލެސިޓީގެ މޭޔަރު ކަމަށް އުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ހޮވަންވީ ސަބަބެއް ނެތެވެ. އާޒިމާ މޭޔަރުކަމަށް ނުހޮވަންވީ ސަބަބު ވަރަށް ވެސް ގިނައެވެ. ތިން ސަރުކާރެއްގައި ބަންޑާރަ ނައިބުކަން ކޮށްފައިވުމަކީ އުސްތާޒާ އާޒިމާ މޭޔަރު ކަމަށް ހޮވަންޖެހޭ ސަބަބެއް ކަމަށް އެބަބުނެއެވެ. އެވާހަކަ އެކަންޏަށް ބަލާލިއަސް އާޒިމާ މޭޔަރު ކަމަށް ހޮވަން ހެޔޮނުވާނެއެވެ. އާޒިމާ ނޫނީ އިތުބާރު ގެއްލިގެން ރައްޔިތުންގެ މަޖިލީހުން އަޒުލުކުރި ބަންޑާރަ ނައިބަކު ރާއްޖޭގެ ތާރީހު ދެކެފައި ނުވެއެވެ.

އާޒިމާގެ ބަންޑާރަ ނައިބު ކަމުގައި ދިވެހި ދައުލަތަށް އޭނާގެ ފަރާތުން ވީ ރަނގަޅަށްވުރެ ލިބުނު ގެއްލުން މާ ބޮޑެވެ. ޖެހުނު ދުއްތުރާ މާގިނައެވެ. އާޒިމާގެ ބަންޑާރަ ނައިބު ކަމާއި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރުކަމުގައި ހުރިއިރު ކޮށްފައިވާ އެންމެން ދަންނަ ނޭއްގާނި ބައެއް ކަންކަން ހަނދާނަށް އައުދެއެވެ. 

އެއަރ މޯލްޑިވްސް ބަނގުރޫޓުވި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަންގައި މެލޭސިއަން ހެލްކޮޕްޓަރސް ( ނަލޫރީ ބަރުހާދު )އާއި ދެކޮޅަށް އާޒިމާ ދައުވާ ކޮށްގެން ރާއްޖެއަށް ބައިސެންޓް ވެސް ހޯދާ ނުދެވުނެވެ. ދައުވާ ކުރުމަށްޓަކާ ދައުލަތުން މިލިޔަން ޑޮލަރު ހަރަދު ވެގެން ދިޔުން ނޫން ކަމެއް ނުވިއެވެ. އެތައް ދުވަހަކަށް ފަހު އެއަރމޯލްޑިވސްގެ މައްސަލަ ނިމިގެން ދިޔައީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމަށް ހަތަރުއަނާ އެއްހާ ހިސާބު ވެސް ދައުލަތަށް ނުލިބިއެވެ.

އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ނުކުރާ މީހަކަށް ހަދައިގެން މައުމޫނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމީ އާޒިމާގެ މޮޅު ގާނޫނީ ހުއްޖަތުންނެވެ. އެކަމަކު އައު ގާނޫނު އަސާސީގެ ދަށުން ދެދައުރު ވެރިކަން ނުކުރާތީ ރިޔާސީ އިންތިހާބުގައި ވާދަކުރެވުނު މައުމޫނަށް އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރިމީހަކަށްދޭ އިނާޔަތް މަރުދުވަހަށް ލިބޭގޮތަށް ހުއްޖަތް ގާއިމުކުރީ އާޒިމާއެވެ. ނަތީޖާއެއްގެ ގޮތުން އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރާ ރައީސުންނެކޭ ތަފާތެއް ނެތި މައުމޫނުގެ ބަލަދުވެރިކަން ދައުލަތަށް ޖެއްސީ އާޒިމާއެވެ. އެކަމުގެ ސަބަބުން އެތައް ލައްކަ ރުފިޔާއެއް ކޮންމެ މަހަކު ދައުލަތުން މައުމޫނަށް އިނާޔަތް ދޭން އިސްރާފު ވެގެން ދެއެވެ. 

އައު ގާނޫނު އަސާސީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ތިބޭ އަށް މެންބަރުން އައު ގާނޫނު އަސާސީ ތަސްދީގު ކުރުމަށް ފަހުވެސް އައު މަޖިލިސް ހޮވެންދެން މެންބަރުންގެ ގޮތުގައި ބައިތިއްބައިގެން ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ހޭދަކުރުވީ އާޒިމާގެ މޮޅު ގާނޫނީ ހަމައިންނެވެ.

އައު ގާނޫނު އަސާސީ ތަސްދީގުކޮށް އައު ގާނޫނު އަސާސީއަށް ހިޖުރަ ކުރުމުގައި ގާނޫނު ތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ހަދަންޖެހޭ ގާނޫނުތައް ޑްރާފްޓްކޮށް މަޖިލީހަށް ހުށަނާޅާ އޮތުމުގެ ޒިންމާ ބޮޑުތަނުން އުފުލަން ޖެހޭ މީހަކީ އާޒިމާއެވެ. އަދި އަދަށްވެސް ގާނޫނީ ދާއިރާއިން އާޒިމާވީ އެ އިހުމާލުގެ ތަކުލީފްތައް ފިލާނުދެއެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން ލޮބީކޮށް ވަކާލާތު ކުރަމުން ދިޔައިރު މޮރިޝަސްއަށް އެބާރު ލިބިއްޖެނަމަ ރާއްޖޭގެ ދެކުނުން އިގްތިސޯދީ ސަރަހައްދު ބައިކުރަން ޖެހޭނެ ކަން އެނގިހުރެ އަޅާނުލާ ބަންޑަރަ ނައިބުކަމުގައި ހުރީ ތިޔަ އާޒިމާ ޝުކޫރެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމުގެ ކަންކަން އދ މަޖިލީހުގެ ތެރޭގައި ހިނގަމުން ދިޔައީ އާޒިމާ ދައުލަތަށް ގާނޫނީ ލަފާ ދޭން ހުއްޓައެވެ.

ވާނެ ހައެއްޗެއްވެ އިޓްލޮސް އިން ކަނޑު ބައި ކުރީމާ މަހާނަ މައްޗަށް މަޑިއަށް ޖެހިގަނެ ސިޔާސީ ޗަރުކޭހަކަށް ކަނޑުގެ ސަރަހައްދު ހެދީވެސް އާޒިމާ އިސްވެ ހުރެއެވެ. ކަނޑުތަކުގެ އިމާބެހޭ ބައިނަލް އަގުވާމީ ޓްރައިބިނަލްގެ އެތައް ފަނޑިއާރުންގެ ނިންމުމެއް ފޮރޮޅާލާށޭ ކިޔައިގެން ދިވެހި ދައުލަތުން އެތައް މިލިއަން ޑޮލަރެއް ބޭކާރު ކޮށްލުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަން އެ އުޅެނީ އާޒިމާގެ ރައުޔަށެވެ. އާހިރުގައި މިލިޔަން މިލިއަނުން ދައުލަތުން ގެއްލި ދިޔުން ނޫންކަމެއް އެކަމުންވެސް ނުވާނެއެވެ. 

މައިދޮރާއްޓޭ ދަށްގޮހޮރޭ ކިޔައިގެން އާޒިމާގެ ލަފަޔަށް ޖީއެމްއާރު ބޭރު ކުރުމުން ވީގޮތްވެސް އެއޮތީ ފެންނާށެވެ. އުފެދުމުގައި ވެސް ބާތިލު އެގްރިމެންޓެކޭ ބުނެ ޖީއެމްއާރާއެކު 25 އަހަރަށް ހެދި އެއްބަސްވުމެއް ބާތިލުކޮށް ޖީއެމްއާރު ބޭރު ކުރުމުން 300 މިލިޔަން ޑޮލަރގެ ބަދަލެއް ދައުލަތުން ދޭންޖެހުން ނޫންކަމެއް އާޒިމާގެ ފުށުން އެކަމުގައިވެސް ނުވިއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް މަގުފަހިކޮށް ދިނީ އާޒިމާ ދިން ގާނޫނީ ލަފައެވެ. ދައުލަތަށް ލިބޭ އާމްދަނީ ފައިސާއަކީ މީރާއަށް ވަންނަން ޖެހޭގޮތަށް އޮތް އޮތުން ބަދަލުކޮށް ރިސޯޓްތައް ހެދުމަށް ދޫކުރާ ރަށްރަށާއި ފަޅުފަޅާ ބިންބިމުގެ އިކްއިޒިޝަންއާއި ކުއްޔާއި އެނޫންވެސް ރިސޯޓް ތަކުން ދައުލަތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެމްއެމްޕީއާރުސީއަށް ދައްކާ ގޮތަށް ގާނޫނީ ނިޒާމް ބަދަލު ކޮށްލުމުގެ މޭސްތިރިއަކީ އާޒިމާއެވެ. މުޅި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މަންމައަކީ އާޒިމާއެވެ. އެ ބޮޑު ހިޔާނާތުން ބައި އަޅައިގެން މަނީލޯންޑަރ ކުރުމުގެ މުގުލުގައި ހުރީ އާޒިމާއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ނެތް ކުއްލި ހާލަތު އިއުލާނު ކުރުވައިގެން ސްޕްރީމް ކޯޓުން ޓިނުނަގުވާ ސިފައިން ސްޕްރީމް ކޯޓަށް ވައްދާ ފަނޑިޔާރުން ހައްޔަރުކޮށް ޖައްލަށްލާ މަގާމު ގެއްލުވާލިއެވެ.

ފުރަ މެންދަމު ދޮރުވައްޓާލައިގެން ވަދެ ރައީސް މައުމޫނު މުސްކުޅި ހާލުކޮޅުގައި އެ މަނިކުފާނު ޖަލަށް ލައިގެން ދިންހާ އަނިޔާއެއް ދިނީ އާޒިމާ އަށެވެ. ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން ނަދީމާއި މައުމޫނުގެ އާއިލީ ޑްރައިވަރާއި ސެކެރެޓަރީއަށް ދަންދެން ހައްގަކާ ނުލާ ޖަލަށް ލައިގެން އަނިޔާ ކުރުވީ އާޒިމާއެވެ.

ގާސިމް އިބްރާހީމާއި ސިޔާދު ގާސިމަށް ޖެއްސި އަހުވައާއި ކާނަލް ނާޒިމު ފުރޭމް ކޮށްގެން ހައްޔަރުކޮށް އަނިޔާވެރި ވުމުގައި ގާނޫނީ ހަމަ އަޅުވާދިނީ އާޒިމާއެވެ. މޭޑޭ މުޒާހަރާގެ ބައިވެރިންނަށް ދިން އަނިޔާއާއި ދައުވާކޮށް ޖަލަށްލައިގެން ގ. ކީމަ އަބްދުއްލާ ރަޝީދު މަރުވުމުގެ ޒިންމާ އުފުލަންޖެހޭ އެކަކީ އާޒިމާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ސިފައިން ވައްދާ މެންބަރުން ފާރުމަތިން އުކާލާ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ގާނޫނީ ނުބައި ލަފާ ދިނީ އާޒިމާއެވެ. ގައުމީ ނުރައްކަލުގެ ހާލަތުގައި ކެރުން ކަމަށް އާޒިމާ އެބުނާ ކެރުމަކީ އަނިޔާވެރިވުމަށް ގާނޫނީ ސިފަގެނައުމެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު ސިޔާސީ ގޮތުން މީހުން ފްރޭމްކޮށް އަނިޔާކޮށް ބަންދުކޮށް އެތައްބަޔަކު ޖަލަށްލާ މުޅި ގައުމު ހަމައިން ނައްޓުވާލުމުގައި އިސްވެހުރި އެކަކީ އާޒިމާއެވެ. މިހެން ކިޔާފައި ނުކިޔާނެ ކަމެއް ނެތެވެ. 

އާޒިމާ ގެ އެ ކެރުމާއި އެ ނުބައިކަން އެއީ ގައުމަށް ޖެހުނު މުސީބާތް ތަކެކެވެ. އާޒިމާގެ ބަންޑާރަ ނައިބު ކަމާއި ގާނޫނީ އުސް ފުންނާބުން ދިވެހި ދައުލަތަށް ދީފައިވަނީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތިބޮޑެތި ގެއްލުމެވެ. ހަލާކެވެ. އެހެން ކަމުން މާލޭ މޭޔަރަކަށް އާޒިމާ ހޮވުމަކީ އެނގި ތިބެ ބަޔަކު ހަދާނެ އެންމެ ބޮޑު ގޯހެވެ. މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދޭތީ އެކަމާ ދެކޮޅު ހަދާ އަޑުއުފުލީ މީހަކަށް މާލޭ ރައްޔިތުން ވޯޓު ދޭންޖެހޭ ސަބަބެއް ނެތެވެ. ބުނެވި ދިޔަ ކަންކަމަށް އެކަނި ބަލާލިޔަސް އާޒިމާއަށް މާލޭ މޭޔަރުކަން ދިނުން ހެޔޮނުވާނެއެވެ.  

]]>
Thu, 04 Jan 2024 13:00:43 +0500 ހީރަސްނިއުސް
އިންޑިއާ ސިފައިންގެ އެކަކުވެސް ނުބޭލޭނެ! https://heerasnews.com/2159 https://heerasnews.com/2159 ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. މި ވަގުތަށް މުހިންމު ކަންތަން ކޮށްބަލާށެވެ. ހާސް ދެހާސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ކިޔައިގެން ހިފި ނުހުރިގެން އުޅުނީ މުއިއްޒާއި ޕީޕީއެމް ކޯލިޝަނުންނެވެ. މިނިވަންކަން ގެއްލިގެން ތެޅިފޮޅުނީ ވެސް މުއިއްޒުމެންނެވެ. ސިޔާދަތުގައި ފަލަރޮނގު ދަމައިގެން ނަން ނެގޯޝިބަލް ކަމަކަށް އިންޑިއާ ސިފައިން ބޭލުން ހަދައިގެން އުޅުނީ ވެސް މުއިއްޒެވެ. މިހާރު ދެން ދެ ދުވަހުން އެއްދުވަހު ތިޔަ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ.

އާނއެކެވެ އަދަދެއް މުހިންމެއް ނޫނެވެ. ތިބިއްޔާ ތިބި އިންޑިއާސިފައިންނެއް އަވަހަށް ބާލާށެވެ. ވެރިކަން ބަދަލުކުރީ އިންޑިއާ ސިފައިން ބާލާށެވެ. ވެރިކަން ލިބިއްޖެއެވެ. އިންޑިއާ ސިފައިންގެ އެންމެ މީހަކުވެސް އަދި ނުބޭލެއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. އިންޑިއާސިފައިން ބާލަން ތިޔަ ތިބެނީ ކުރިން ބުނި 2000 އިންޑިއާ ސިފައިން ފެންނަން ދެނޭ ހާދަ ހީވެއެވެ. ކިތަންމެ ނެގި ނެގިފައި ޖެހުނަސް ތިޔަބުނާ 89 އަށްވުރެ މިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދެއް މައްޗެއް ނުވާނެއެވެ. އެއަދަދު އެއަށް ވުރެ މަތިކުރަންޏާ އިންޑިއާއިން ޖެހޭނީ 1900އަށް ވުރެ ގިނައި ސިފައިން ގެންނާށެވެ. މިހާރު ތިޔަ ކުރަނީ އެ މަސައްކަތޭ ހާދަ ހީވެއެވެ. 

އެހެންޏާ ފަހެ! އިންޑިއާ ސިފައިން ތިބެގެން މިނިވަންކަން ގެއްލޭތީ މިނިވަންކަމުގެ ފަލަރޮގު ދަމަމުން ވެރިކަމަށް އެރީ އެމީހުން ބާލާށެވެ. ހުވާކޮށްފައި ވެސް ބުނީ އިންޑިއާ ސިފައިން ބޭލުމަކީ ވާހަކަ ދައްކައިގެން ހައްލު ކުރަން އޮތް މައްސަލައެއް ނޫން ކަމަށެވެ. ޝަރުތެއް ނެތި އިންޑިއާ ސިފައިންގެ ބޫޓު ޖޯޑެއްވެސް ނުބަހައްޓާ ބާލާ ހުސްކޮށްލާނެ ކަމަށެވެ. 

ވެރިކަމަށް ސާޅިސް ވެގެން ދިޔައީއެވެ. އިންޑިއާ ސިފައިން ބޭލުން ވެވަށް ވެއްޓު ގެރިއަށް ވެއްޖެއެވެ. އެއިން މީހެއްގެ ގައިން އިސްތައްޓެއްވެސް ނުބޭލެއެވެ. މުއިއްޒު ވެރިކަން ހޯދީކީ ވީއިރަކުން ކުރާކަށް ނޫނެވެ. ޕޮލިސީ މިނިސްޓަރ ނާޒިމު ނިކުމެ ނޫސްވެރިން ގާތުގައި ވީހާވެސް އަވަހަށް އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރާކަމަށް ބުންޏަކަސް އިންޑިއާ ސިފައި ބަލަންވީ ވައުދު ފުދުނު ކަމަކަށް ނުވާނެއެވެ. 

ހިތްވަރެއް ހުރިއްޔާ ކުރީން ބުނިހެން ނަން ނެގޯޝިބަލް ކަމެއްގެ ގޮތުގައި އިންޑިއާ ސިފައިން ބަލާ ހުސްކޮށްލަ ބަލާށެވެ. ރާއްޖެއަކީ މިނިވަން މުސްތަގިއްލު ނިކަންފަލަ ސިޔާދަތީ ރޮގެއް ދަމައިގެން ތިބި ބަޔަކު ވެރިކަމުގައި ތިިބި ގައުމެއް ނޫން ހެއްޔެވެ. އިންޑިއާ ސިފައިނަށްވުރެ ދިވެހި ސިފައިން ވެސް ގިނަވާނެއެވެ. މާ ހުދުފަށަށް ބޮޑުނުކޮށް އިންޑިއާ ސިފައިން ތަޅާ ބުރުއްސާލަން ނުކެރިފައި ތިޔަ ތިބެނީ ކީއްވެފައި ހެއްޔެވެ. ވެރިކަމަށް އަރަން ވެގެން ވާހަކަ ދެއްކިއިރު ތިޔަދަތުރު ޖެހޭނެކަން ރަނގަޅަށް އެނގޭނެއެވެ. އިންޑިއާ ސިފައިން ބާލަން އެރި މީހުނަށް އިންޑިއާ ސިފައިން ނުބޭލުނީމާ ދެން ޖެހޭނީ ބާލަން އެރި މީހުން ބާލާށެވެ.  

]]>
Wed, 03 Jan 2024 18:45:40 +0500 ހީރަސްނިއުސް
ބައިސެންޓް ހަރަދުނުކޮށް އާޒިމާ ދަރަނި ފިލުވާ ޗައްކަރު https://heerasnews.com/2156 https://heerasnews.com/2156 އާޒިމާ ހަމަ މާމޮޅީއެވެ. ދަނޑިވަޅު ބަލާ އެނގަކުރި ހިފަން ހަމަ މޮޅީ އެވެ. އަތުން އެންމެ ސެންޓެއްވެސް ހަރަދު ނުކޮށް އިސްލާމިކް ބެންކަށް ދައްކަންޖެހޭ 4.1 މިލިއަން ރުފިޔާ ހަލާސް ކުރާނެ ކުރިމަގު ހޯދިއެވެ. 

އާޒިމާ އިސްލާމިކް ބެންކަށް ފައިސާ ދައްކަން ޖެހިފައި އޮތީ އިއްޔެއަކު ނޫނެވެ. ނެގި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކައި ހުސްކޮށްލާފައި ނުދެއްކުމަށް ބަހަނާއެއް އުފަން ކުރިއެވެ. 

ކުރީ ސަރުކާރުން މަސައްކަތް ކުރުމަށް ހުރަސް އަޅައިގެން މަސައްކަތް ނުކުރެވި އޮތިއްޔާ ލޯނަށް ނެގިހާ ފައިސާ ކައި ހުސްކޮށް ނަޖިހަށް ހަދާލީ ކީއްވެ ހެއްޔެވެ. ބަހަނާގެ މައްޗަށް ބަހަނާ ދެއްކިޔަސް ލޯނު ނެގީ ވެސް ނުދެއްކުމުގެ ނިޔަތުގައެވެ. އެހެންނޫންނަމަ މަސައްކަތްފަށާ އާމްދަނީ ލިބެން ފަށަންދެން ނެގި ލޯނުން ބައެއް ލޯނު ދައްކަން ހަރަދު ނުކޮށް ބެހެއްޓީހެއެވެ. 

މުއިއްޒަށް ވެރިކަން ލިބުމުން މިނިސްޓަރު ފެންވަރުގެ ވަޒީފާއެއް ނުހޯދާ މަޑުކުރީ މުއިއްޒު ލައްވާ ލޯނު ދެއްކުމުގެ ހިޔަޅު ބުއްދީގައެވެ. މާލޭ ސިޓީ މޭޔަރުކަމަށް މުއިއްޒު ލައްވާ އެންޑޯޒްކުރުވީ ދެވަނަ ބޭނުމަކު ނޫނެވެ. 

މުއިއްޒު އެންޑޯޒުކުރި ކެންޑިޑޭޓް ސަލާމަތް ކުރުމަކީ ކަށީގެ މަދަށް މުއިއްޒު ކުރާނެ ކަމަކަށް ވަނީ ހައްދާފައެވެ. ދަނޑިވަޅު ބަލާ ހުއްޓި ތަންހަރު ވެފައިވާ މައްސަލައަށް ސްޕީޑް ދީގެން ކޯޓު ތެރެއިން އާޒިމާގެ މައްޗަށް މިދަނޑިވަޅު ހުކުމް ކުރުވީ މުއިއްޒު ލައްވާ ފައިސާ ދައްކުވައިގެން ޕީއެންސީ ޓިކެޓް ސަލާމަތް ކުރުމަށެވެ. 

އަޒުލުގެ ބިރަށް މީހަކަށް 4 މިލިޔަން ހޭދަކޮށްގެން 13 މެންބަރުންނަށް ރިޝްވަތު ދީގެން ޕާޓީއަށް ސޮއި ކުރުވަން ކެރުނު ރައީސަކަށް މާލޭ މޭޔަރަކަށް ނެރޭ މީހަކު ސާފުކޮށްލަން ހަރަދެއް ކުރަން ވާނެ ޖެހެލުމެއް ނުއޮންނާނެއެވެ. އާޒިމާ ކިހާ މޮޅު ހެއްޔެވެ.

]]>
Wed, 03 Jan 2024 00:03:52 +0500 ހީރަސްނިއުސް
އަދިވެސް މުއިއްޒު އުޅެނީ ކެންޕޭނުގައި! https://heerasnews.com/2151 https://heerasnews.com/2151 ކާރިސާއެއްގެ ދަރަޖައަށް ފުރަމާލެ އޮތީ ފެން ބޮޑުވެފައެވެ. ފެން ބޮޑުކަމުން މާލޭގެ މަގެއްގައި ދުއްވާލެވެން ނެތެވެ. ހިނގާ ބިނގާވެ އުޅެވޭކަށް ނެތެވެ. މިސްކިތްތަކާއި ފިހާރަތަކާއި ގޭގޭގައި ފެން ބޮޑުވެފައެވެ. ބޮޑުވެފައިވާ ފެނާއެކު ބައެއް ހިސާބު ހިސާބުގައި ނަޖިސް ފެނާއެކުވެ ހިސާބުގަނޑު އެކުގައި ވަނީ ނަޖިސްވެފައެވެ. 

މާފަންނުކޮޅު ވަކީން ހާލު ބޮޑެވެ. މައިހޮސްޕިޓަލް ހުންނަ  މަގުގައި ކަކޫތާފެނެވެ. ބައެއް ގޭގޭގެ ގްރައުންޑް ފްލޯރގައި ދިރިއުޅޭ މީހުނަށް ކައްކާ ކެވޭވަރެއް ނޫނެވެ. ހިފާ ގެންގުޅޭ އާލާތާއި އިލެކްޓްރިކް އަދި އިލެކްޓްރޯނިކު ގެވެހި ކަންވާރާއި މެޝިނަރީ ބޭނުން ކުރެވޭވަރެއް ނުވެއެވެ. 

2023 ވަނަ އަހަރު ނިންމާލީ މާލޭގައި ދިރިއުޅޭ އެތައް ބަޔަކު އިންތިހާ ދަރަޖައިގެ އުދަނގުލާ ތުރާލުގައެވެ. ކާރިސާގެ ހާލަތްތަކުގައާއި ކުއްލި ނުރައްކަލުގެ ކޮންމެ ހާލަތެއްގައިވެސް އެއިރަކު ތިބި ވެރި ބަޔަކު ދަތި އުދަގޫ ހާލު ތަހައްމަލުކުރާ އާއްމު ރައްޔިތުންނާ ހަމައަށް ގޮސް ހާލު އަހުވާލު ބެލުމަކީ އަންދުހު އާދަ މަގުން ކޮށްއުޅޭ ކަމެކެވެ. އެވަގުތަކަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށް ދިނުމަކީ އައުކަމެއް ނޫނެވެ. އެއްޔަކީ މާ ހިތްތިރި މައިތިރި އޯގާތެރި ކަމަކުންކުރާ ކަމެއްވެސް ނޫނެވެ. އެމީހުންގެ ވާޖިބެކެވެ. ޒިންމާއެކެވެ. 

ބޮޑުރާޅު އެރުމާއި ސްނާމީއާއި އަލިފާން ރޯވުމާއި ފެންބޮޑުވުމާއި ފެނަށްޖެހުން ފަދަ އެތައް ހަދިސާއެއް ދިވެހިންވަނީ ތަޖުރިބާ ކޮށްފައެވެ. އެއިން ކޮންމެ ފަހަރަކު ވެސް އެއިރަކު ހުރި ވެރިއަކު އެކަމެއްގައި ނިކަން ރަނގަޅަށް އިޖާބީ ގޮތެއްގައި ބައިވެރިވެފައި ވެއެވެ. ރައީސް މައުމޫނެއް ނަޝީދެއް ވަހީދެއް ޔާމީނެއް ސޯލިހެއް ތަފާތެއް ނެތެވެ. 

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ 140 އަށްވުރެ ގިނަ ތަންތަނަށް ބޮޑެތި ގެއްލުންވެ 11 ގެއަކުން މީހުން ބަދަލު ކުރަން ޖެހުމަކީ ކުޑަކަމެއް ނޫނެވެ. އިއުލާނު ނުކުރިޔަސް އެއީ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. ރައްޔިތުންގެ ތެރެއިން ބަޔަކަށް ކުރިމަތިވި ހިތްދަތި ހިތާމައިގެ މި ދަނޑިވަޅަކީ ރައީސް މުއިއްޒުގެ އޯގާތެރިކަން އިސްތިހާރު ކުރަން އޮތް ހާލަތެއް ނޫނެވެ. ގެއްލުން ލިބުނު ރައްޔިތުންގެ ހާލުބަލާ ސަރުކާރަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އެންމެ އަވަހަށް އެންމެ ރަނގަޅަށް ކުރުމަކީ ދައުލަތުގެ އެންމެ މަތީވެރިޔާގެ ޒިންމާއެކެވެ. ވާޖިބެކެވެ. އެކަމަކީ ވެރިއެއްގެ އޯގާތެރިކަމުން ކުރާ ކަމެއް ނޫނެވެ. 

މާލޭގެ ފެންބޮޑުވުމުގެ ހާދިސާއަކީ ވެސް މުއިއްޒުގެ ސޯޝަލް މީޑިއާ ބޮޓުންނަށްވީ މުއިއްޒު ޕްރަމޯޓް ކުރަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. ރައީސް އޮފީހުގެ މީޑިއާއިން ފެށިގެން މުއިއްޒަށް ތާއީދުކުރާ ނޫސްތަކާއި މުއިއްޒުގެ ސޯޝަލް މީޑިއާ ބޮޓުންނަށް ހިނގައިގެން އުޅޭ ހާދިސާއަށްވުރެ ބޮޑުވީ މުއިއްޒު އެތަންތަނަށް ދިޔަ ދިޔުމެވެ. ހީވަނީ އެހެން ވެރިއަކު ދުވަހަކު ނުކުރާ ކަމެއް ކުރެވިގެން އުޅޭހެންނެވެ. 

ކިތަންމެ ހައްސާސް ހިތާމަވެރި ކަމެއް ކަމަށްވިޔަސް ސިޔާސީ ކޮށްގެން މުއިއްޒަކީ މާ އޯގަތެރި އެހީތެރި މީހެއްކަމަށް ދައްކަން ޖެހެނީ އެސިފަ ހަގީގަތުގައި ނެތީމައެވެ. ނަމާދަށް މިސްކިތަށް އެރުމާއި ކުޑަކުއްޖެއްގެ ގައިގާ ލޯބިން ފިރުމާލުމާއި ހާލުގައި ޖެހިފައިވާ ބައެއްގެ ހާލުބަލައިލުމަކީ އިސްތިހާރުކޮށް ކަންދައްކަން ޖެހޭ ކަމެއް ނޫނެވެ. އެހާވަރަކުން އިސްތިހާރުކޮށް ވަކި ސިފައެއް ހުރިކަން ދައްކަން ޖެހެނީ އަސްލުގައި އެސިފައެއް ނެތުމާއި އެސިފައެއް ހުރިކަން ބަޔަކު ގަބޫލު ނުކުރާތީއެވެ.

އަޅުވެތިކަމާއި ތަވާޟުޢުވެރިކަން ހުންނަ މީހަކު ފަތިސްނަމާދު ޖަމާއަތުގައި ކުރާ ވާހަކައެއް ނުދައްކުވާނެއެވެ. ބަޔަކު ދެއްކިޔަސް ހުއްޓުވާނެއެވެ. ނިކަމެތިންނާއި ކުޑަކުދިންގެ ގައިގައި ފިރުމާލާ އެހީތެރިކަމެއް ފޯރުކޮށްލާ ކޮންމެ ފަހަރަކު ހިތްތިރިކަމާއި އޯގާތެރިކަން ސޭލެއް ނާޅުވާނެއެވެ. ހުވާކޮށްގެން ހުރި ގާނޫނީ ޒިންމާއެއް އަދާކުރުމަކީ ހެޔޮކަމުން ކުރާ ކަމަކަށް ހަދައިގެން އެވާހަކައެއް ނުފަތުރާނެއެވެ.

]]>
Sun, 31 Dec 2023 23:30:00 +0500 ހީރަސްނިއުސް
އެމްޑީޕީ ރަންރީދޫ ލަޝްކަރު ތިބޭނީ ގަދަކޮށް: ޝާހިދު https://heerasnews.com/2144 https://heerasnews.com/2144 ‏އެމް ޑީ ޕީ އަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރައްޔިތުންގެ އުންމީދުތައް ޙާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ ޕާޓީ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ 12 މެންބަރަކު އެމްޑީޕީ ދޫކުރައްވާ ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެން ވަގުތުގައެވެ. 

އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަން މިއަދުވެސް ހަނދާން ކުރާކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. 

ޝާހިދު ވިދާޅުވީ "އަޅުގަނޑުމެންގެ ޕާޓީ ވަނީ އުފަލާއި ހިތާމަޔާ، ކާމިޔާބީއާއި ނާކާމިޔާބީ ވެސް ތަޖްރިބާ ކޮށްފައި" ކަމަށެވެ. 

މިދަނޑިވަޅަކީ އަނެއްކާވެސް އައު ހިތްވަރަކާ އައު ޖޯޝަކާއި އެކު ރައްޔިތުންނާއި. ޤައުމުގެ ޙައްޤުގައި ސާބިތުވެ ތިބެންވީ ވަގުތު ކަމަށާއި އައު އުންމީދުތަކާއި އައު ލަނޑުދަނޑިި ތަކަކާއި އެކު ނިކުންނަންވީ ދަނޑިވަޅު ކަމަށް ޝާހިދު ވިދާޅުވިއެވެ. 

އެމް ޑީ ޕީ ގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި ހިތްވަރުގެ ކަމަރު ބަނދެގެން ކުރިޔަށް މިސްރާބު ޖަހައިގެން. ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. 

" ހޫނުން ކެކި ހީނަރުވެދިޔަސް ބަލިވެ ބައެއްގަސް

ހޫނުން ހަމަ ތިޔަދޭށެ ދިރުން އާވެ ހަޔާތުން 

އުންމީދުގެ އަލިކަން މިގެނައި ކޮންމެ ޝުޢާއެއް 

އުންމީދު އުފައްދައިފިޔެ އުންމީދުގެ ސިއްރުން"

ކަމަށް އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓް ނިންމަވާ ލައްވަމުން ވިދާޅުވެފައިވެއެވެ.

]]>
Thu, 28 Dec 2023 23:59:15 +0500 Chief Editor
ޕީއެންސީއަށް ސޮއި ކުރަނީ ލޯބިން & ފައިސާ އަކަށް ނޫން! https://heerasnews.com/2143 https://heerasnews.com/2143 ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ފަސް އަހަރު ވެެގެން ގޮސްފައި ވަނީ ޓްރާންސްފަރ މާރކެޓެއް ނެތް ފަސް އަހަރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަޖިލީހުގެ ސްޕަރ މެޖޯރިޓީ ވެރިކަން ކުރި އެމްޑީޕީއަށް އޮތުމުންނެވެ. އެމްޑީޕީ ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުން ފާސް ކުރުމަށް އެމްޑީޕީއަކަށް ހުރަހެއް ނެތެވެ. ޕީޖީ ގްރޫޕުން ނެރޭ ވިޕަކުން ކަންކަން ފާސް ކޮށްލުމަކަށް އެއްވެސް ހުރަހެއް އެ ސަރުކާރަކަށް ނެތެވެ. 

އެމްޑީޕީ ކަފިވެގެން މެންބަރުން ކޮޅެއް ޕާޓީ ބަދަލު ކުރުމަކުން ވެސް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީއެއް ނުގެއްލެއެވެ. އެހެން ކަމުން ސަރުކާރު ހިފެހެއްޓުމަށް މެންބަރުން ގަންނާކަށް އެމްޑީޕީއަކަށް ނުޖެހެއެވެ. 

ކަންދިމާކުރި ގޮތުން 2023ގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވި ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ވެރިކަން ޕްރޮގްރަސިވް ކޯލިޝަނަށް ލިބުނު އިރު އެކޯލީޝަންގެ މެންބަރުގެ ގޮތުގައި މަޖިލީހުގައި ތިބީ އެންމެ އަށެއްކަ މެންބަރުންނެވެ. އެއާއިއެކު ސަރުކާރަށް ތާއީދުކުރާ އެހެން އިތުރު މެންބަރުން ކޮޅެއްވެސް މަޖިލީހުގައި ތިބެއެވެ. އޭގެތެރެއިން ޕްރޮގްރަސިވް ކޯލިޝަންގެ 7 މެންބަރަކު ސަރުކާރުގެ ސިޔާސީ މަގާމްތަކަށް ދިޔުމުން ވެރިކަން ކުރާ ޕްރޮގްރަސިވް ކޯލިޝަންގެ އަދަދު ބޮޑުތަނުން ދަށްވިއެވެ. ސަރުކާރަށް ތާއީދުކުރާ ދިހަ މެންބަރުން މަޖިލީހުގައި ހަމައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ބާރުދޭ މެންބަރުން އެކަށިގެންވާ އަދަދަކަށް ނެތުމަކީ ސަރުކާރަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަށިގެންވާ އަދަދަކަށް މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ނެތުމުގެ ކަންބޮޑުވުން އޮތަސް ސަރުކާރުން މަސައްކަތް ކުރަމުން އައީ ކުރިއަށް އޮތް 2024ގެ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ހޯދުމަށެވެ. ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވަމުން ދާތީއާއި ވެސް އެކުގައެވެ. 

އަންނަ މަޖިލިހަށް ސަރުކާރުގެ މުޅި ފޯކަސް ހުއްޓިފައި އޮއްވާ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އިޖުރާތަށް މަޖިލީހުން ގެނައި ބަދަލު ތަކަކާއި ގުޅިގެން ސަރުކާރު ކޮށިއެރިއެވެ. ފަސޭހަ ކަމާއެކު ރައީސް އަޒުލު ކޮށްފާނެ ކަމުގެ ބިރުހީވެ މަޖިލިސް ޕެރަލައިޒް ކޮށްލެވޭނެ ގޮތެއް އޮތްތޯ ބެލިއެވެ. އެމްޑީޕީއަށް އޮތް މެޖޯރިޓީ ގެއްލުވާނުލާ ސަރުކާރު ދެމިއޮތުމުގެ ބިރު ބޮޑުވެ ގާސިމުގެ ލަފާގެ މަތިން މަޖިލިސް މެންބަރުން ސަރުކާރަށް ގަތުމުގެ މަސައްކަތް މުއިއްޒު ފެށިއެވެ. 

ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތުމާއި އެމްޑީޕީ ވެރިކަމުގައި އޮތް އިރު ނުނެގުނު މާލީ މަންފާ ހޯދުމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ސަރުކާރުން ހުޅުވާލި ޓްރާންސްފަރ މާރކެޓްގައި ނަފްސް ވިއްކާލަން ނިންމިއެވެ. އަޒުލް ކުރުމުން ސަލާމަތް ވުމަށް މަޖިލީހުން މެންބަރުން ތަކެއް ގަތުމަކީ ރައީސް މުއިއްޒަށް ނުކޮށް ވާން އޮތް ކަމެއް ނޫނެވެ. އެކަން ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ރައީސް މުއިއްޒު ހުރީ ތައްޔާރަށެވެ.

ކިތަންމެ މެންބަރުންނެއް ޕީއެންސީއަށް މިރޭ ސޮއި ކުރިޔަސް ރިޝްވަތު ދިންކަމާ ރިޝްވަތު ހިފިކަމަށް އެއްވެސް މީހަކު އެއްބަސް ނުވާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. އެއްބަސް ކުރުވަން އުޅޭނީވެސް މޮޔައެކެވެ.

މަޖިލީހުގެ ބައެއް މެމްބަރުން ވެރިކަންކުރާ ޕީއެންސީއަށް ބަދަލު ކުރަން ރިޝްވަތު ދެމުން އަންނަ ކަމަކަށް ސަރުކާރުގެ ސްޕޯކްސް ޕާރސަނެއް ކަމަކު އެއްބަހެއް ނުވާނެ ނޫން ހެއްޔެވެ. ޕާޓީ ބަދަލުކުރާ އެއްވެސް މެންބަރަކު ރިޝްވަތު ދިންކަމަކަށް އަދި ރިޝްވަތު ހިފިކަމަކަށް ނުބުނާނެއެވެ. ނުވެސް ބުނެވޭނެއެެވެ. 

އަޖައިބެކެވެ. މެންބަރުންތައް ދަތްމައްޗަށް ތުން ނާރާވަރަށް ދަތް ދިލުވައިގެން އެ ތިބެނީ ޕިއެންސީ ދެކެވާ ލޯތްބަކުން ލޮލުފިޔަ ނުޖެހިގެންނެވެ. މެންބަރުން ގަންނަން ސަރުކާރުން ފައިސާއަޅާ ކަމަކަށް ޝަހީބެއް ކަމަކު ނުބުނާނެ ނޫން ހެއްޔެވެ. ދަރިސޮރަކު ވެސް ވަނތްތާކަށް ވަދެފާ ބުނީ ހުނި ގުރާބު ބަލާ ވަނތް ވާހަކަ ނޫން ހެއްޔެވެ. 

]]>
Thu, 28 Dec 2023 19:44:02 +0500 ހީރަސްނިއުސް
ޢަޒުލް ކުރިޔަސް ނުކުރިޔަސް! ކޭޕާކް މަންޑޭއާ މުއިއްޒުގެ ތަފާތެއް ހުރިތޯ މިކިޔާލާ https://heerasnews.com/2137 https://heerasnews.com/2137 މެލޭޝިއާ ހައިކޮމިޝަންގައި އެހެން މުވައްޒަފުންނަށް ތުރާކޮށް ބުޑު އަނބުރާފައި މިޒްނާ އުޅުނީ ނިކަން ހަމަ ގަބޫލުކޮށް ގޮތެެއްގައި ހުންނަ  މީހެެއްކަން ދައްކާށެވެ. އެކަމަކު މިޒްނާ އެވަޒީފާގައި ހުރެ ފުއްޕަނީ ބައްޕަގެ ނިވަލުގައި ހުރީމައެވެ. ބައްޕައަކީ އެންމެން ދަންނަ މަވޯޓާ ޝަރީފެވެ. ޝަރީފު އެމްޑީޕީން ވަކިވުމާއެކު މިޒްނާގެ ވަޒީފާއިން ފޫޓެއްގެ މުއްދަތު ދިގުވެެއްޖެއެވެ. އިތުރަށް ގޮތެެއް ވާނީ  އަންނަ މަޖިލިސް އިންތިޚާބުގައި މަރަދޫ ގޮނޑިއަށް ވާގޮތަކުންނެވެ.

މުއިއްޒު އަޒުލް ކޮށްފާނެތީ އެކަމާ ދެކޮޅަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަން، ވެރިކަމަށްއަންނަން ވެގެން ކުރިކަންކަމާ މެދު ވިސްނާލީމާ އިދިކޮޅު އެމްޑީޕީއަށް އެނގެންވާނެއެވެ. ކޭޕާރކް މަންޑޭއާ މުއިއްޒުގެ ހުރި ތަފާތު އަންދާޒާ ކޮށްލުމަށް ކުރިއަށް ކިޔާލާށެވެ. 

ކޮރެޔާ މަހުޖަނެއްގެ ލޮލުގައި އަނދުން އަޅުވައިގެން ފައިސާގެ ގޮތުން ނުލާހިކު "ހަންބޯ" ކުންފުންޏެއް ވާވެއްދީ މަންޑޭއެވެ. ހުޅުމާލޭގައި ހަދާ ކޭޕާރކް ރެސިޑެންސްޓްސްގެ ލަގްޒަރީ އެޕާރޓްމަންޓްތަކުގެ ކުރެހުން ތަކާ، ލޯތަރަތަރަ ޖަހައިގެންދާ ވަރުގެ ކޮމްޕިއުޓަރ އެނިމޭޝަން ދިވެހި ކަސްޓަމަރުންނަށް ދެއްކި މީހަކީ ވެސް ހަމަ އޭނާއެވެ. މަންޑޭ އެކަން ކުރީ އޭގެ ފަހަތުގައި އޭނާގެ ބޮޑު އެދުމެއް އޮތީމައެވެ.

ހަމަ އެގޮތަށް މާލޭގެ މޭޔަރު ކަމުގައި ހުންނެވި ޑރ. މުއިއްޒު ކިޔާ ބޭފުޅަކު ދިވެހިރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް، ގަޔަށްބާރު ޓީޝަރޓްގައި އިންޑިއާ އައުޓް ޖެހިއެވެ. ރާއްޖެ އޮތީ އަވަށްޓެރި އިންޑިއާގެ އަޅުވެތި ކަމުގައޭ ތަކުރާރުކޮށް ރައްޔިތުން ގާތު ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް ޔާމީން ހުންނެވީ ހަރާމް ހުކުމެއްގައި ޖަލުގައި ކަމަށާ، ތިމަން މަނިކުފާނު މިއުޅުއްވަނީ ރައީސް ޔާމީން މިނިވަންކޮށް ރާއްޖެ ހިފައިގެން ތިބި އެތައް ހާސް އިންޑިއާ ސިފައިން ބޭރުކޮށް، "ވިއްކާލި" ކަނޑު އަނބުރާ ހޯދަން ކަމުގެ ފޮޓޯތަކާ އެނިމޭޝަންތައް ރައްޔިތުންނަށް ދެއްކިއެވެ. ނުވިތާކަށް ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭނު ކުރެއްވީ ވެސް، ރައީސް ޔާމީނަށް ޚާއްޞަ ހުސްގޮނޑި ކޮޅުވެސް އަރިހުގައި ބަހައްޓައިގެންނެވެ. މިބުނީ ތިމާ ބޭނުންވާ ކަމެއް ޙާޞިލު ކުރުމަށް ކޭޕާރކް މަންޑޭއާ ޑރ. މުއިއްޒު އަމަލު ކުރިގޮތް ނޫން ކަމަކަށް ނުހެދޭނެއެވެ. މިތަނުގައި ކުޑަވެސް ދޮގެއް އިސްވެ ހިނގާއްޖެ ހެއްޔެވެ؟

ޑރ. މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްކެވި މަންޒަރާ ކޭޕާރކް މަންޑޭ ކަސްޓަމަރުންނަށް ދެއްކި އެޕަރޓްމަންޓްގެ ކުރެހުންތަކާ ފޮޓޯތަކާ ތަފާތެއް ނެތެވެ. ހުރިއްޔާ ހުރި ތަފާތަކީ މަންޑޭ މަންޒަރު ދެއްކީ ކޮމްޕިއުޓަރުން އުފައްދައިގެން މަދު އަދަދެއްގެ ކަސްޓަމަރުން ތަކަކަށެވެ. މުއިއްޒު މަންޒަރު ދެއްކެވީ ހަމަލޮލަށް ހޭލާ ތިއްބާ ދިވެހިރައްޔިތުންކުރެ ވޯޓް ހައްގުވާ 2 ލައްކަ 82 ހާހަށްވުރެ ގިނަ ރައްޔިތުންނަށެވެ.

މަންޑޭ ކުރި ކަމަކާ ދެއްކިހާ ވާހަކައަކާ ދަޅަ ދެއްކީ އެޕާރޓްމަންޓްގެ އަވާގައި ބަޔަކު ޖައްސައިގެން މިލިއަން މިލިއަނުން ފައިސާ ހޯދާ ދުނިޔޭގެ އެތަން މިތަނަށް އުދުހި އެފައިސާ ތަޅާ ބުރުވާށެވެ. ފައިސާ ދިން މީހުންނަށް ލިބޭނެ އެޕަރޓްމަންޓެއް ނެތެވެ. ހެދީ ދޮގާ މަކަރާ ޙީލަތެވެ.

ދެން ހުރީ މުޢިއްޒެވެ. ދެއްކި ހުރިހާ ވާހަކަ އާއި ޑްރާމާ އާއި ބެހެއްޓި ހުސް ގޮނޑިއާއި އިންޑިއާ އައުޓް ޖެހި ޓީޝަރޓާ ޗާގޯހަކީ ބޮޑު އޮޅުވާލުމެެއް ކަމާ އަދި  އެއީ މަންޑޭ ބަޔަކަށް ކެހިދިން ފަދައިން، ރާއްޖޭގެ ރައްޔިތުންނަށް މުއިއްޒުދިން ކެއްސެއްކަން އެނގިގެން ދިޔައީ މުއިއްޒު ވެރިކަމުގެ ހުވާކުރި ފަހުންނެވެ.

މަންޑޭ ފައިސާ ހޯދި ގޮތަށް މުއިއްޒު ވެރިކަން ހޯދަން ކުޅުނު ހަގީގަތެއް ނެތް ޑްރާމާ ތަކުގައި މުއިއްޒާ މަންޑޭގެ ޢަމަލު ހުރީ ހަމަ އެއްގޮތަކަށެވެ. މަންޑޭ ފައިސާ ހޯދަން ދޮގާ މަކަރު ހެދިގޮތަށް މުއިއްޒު ވެރިކަން ހޯދަންވެސް ހެދީ ހަމަ މަންޑޭ ހެދި ކަހަލަ ދޮގާ މަކަރެވެ.

މަންޑޭއާ މުއިއްޒު ކޮށްގެން ތިބީ އެއް ބާވަތެއްގެ ދެކަންތަކެވެ. އެކަކު ފައިސާ ހޯދާށެވެ. އަނެކަކު ވެރިކަން ހޯދާށެވެ. ކަން މިހެން އޮތް އިރު ބަޔަކަށް މަންޑޭ މާ ގޯސްވެފައި މުއިއްޒު މާ ރަނގަޅުވާން ޖެހޭ ސަބަބެއް ނެތެވެ. މި ދެކަންތައް ތަފާތު ކުރަންޖެހޭ އެއްވެސް ބުއްދީގެ ހަމައެއް އިންސާފެއް ދުނިޔެމައްޗަކުން ނުހޯދޭނެއެވެ. 

ކޭޕާރކް މަންޑޭއާ ޑރ. މުއިއްޒަކީ އެއް ހަމައަކުން ޢަމަލު ކުރެވެންޖެހޭ އެއް ބާވަތެއްގެ މަކަރާ އޮޅުވާލުމާ ހީލަތް ހަދައިގެން އުޅޭ 2 މީހުންނެވެ. ކުރިންވެސް ބުނިހެން އެކަކު ހޯދީ ފައިސާއެވެ. އަނެކަކު ހޯދީ ވެރިކަމެވެ.

ޑރ. މުއިއްޒާ ކޭޕާރކް މަންޑޭ ގެ ޢަމަލު ތަފާތު ކުރާނަމަ މިރާއްޖޭގެ އެއް ވެސް މުއައްސަސާ އެއްގައި ހަމައާ އިންސާފު އޮތްކަމަށް ގަބޫލު ކުރަންޖެހޭ ސަބަބެއް ނުފެނެއެވެ.

ރައީސްކަން ހޯދަން ރައްޔިތުންނަށް ކެހިދިން މީހާ އަކީ ކެހި ލިބުނު މީހުންގެ ރައީސް ކަމުގައި ވަންޏާ ފައިސާ ހޯދަން ފްލެޓް ދައްކައިގެން ބަޔަކަށް ކެހިދީގެން ފައިސާ ދިނީމާ އެޕަރޓްމަންޓް ނުލިބުނު މީހުންގެ ފައިސާއަކީ ކޭޕާރކް މަންޑޭގެ ފައިސާއަށް ވެސް ވާން ޖެހޭނެތާއެވެ.

]]>
Tue, 26 Dec 2023 14:46:51 +0500 ހީރަސްނިއުސް
ރައީސް ސޯލިހަށް ޑރ. ޖަމީލުގެ ތައުރީފް https://heerasnews.com/2135 https://heerasnews.com/2135 ރައީސް ސޯލިހަށާއި ރައީސް ނަޝީދަށް ޑރ. ޖަމީލު ތައުރީފް ކުރައްވައިފިއެވެ. ރައީސް މައުމޫނު ފެއްޓެވި މަސައްކަތް ރައީސް ނަޝީދު އިތުރަށް ކުރިއަށް ގެންދެވި ކަމަށް ޖަމީލު ވިދާޅުވިއެވެ. " ރައީސް އިބޫ ވެސް މިވަނީ ބޯހިޔާވަހިކަމަށް ބުރަ މަސައްކަތް ކުރައްވާފަައި" ޖަމީލު ވިދާޅުވިއެވެ.

ރައީސް ސޯލިހު (އިބޫ) ބޯހިޔާވަހިކަމަށް ކުރައްވާފައިވާ ބުރަ މަސައްކަތްކަމަށް ޑރ. ޖަމީލު ސިފަ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރު ފަލާއި އުތުރު ތިލަފަޅު ހިއްކާ އެސަރަހައްދުން ގޯއްޗާއި ފްލެޓް ދެއްވުން ރައީސް ސޯލިހު ކުރެއްވި ބުރަމަސައްކަތްޕުޅަށެވެ. ގިރާވަރާއި ގުޅީފަޅު މިއީ ބްރިޖުން ގުޅާލެވޭނެ، ތަރައްގީ ކަށަވަރު ކުރެވޭނެ ތަންތަން ކަމަށް ޖަމީލު ވިދާޅުވިއެވެ. 

މިމޭރުމުން ޑރ. ޖަމީލު ވާހަކަފުޅު ދެއްކެވީ ރައީސް މުއިއްޒުގެ ރަސްމާލެ ޕްރޮޖެކްޓަށް ފާޑުވިދާޅުވެ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޖަމީލު ވިދާޅުވީ ކޮންމެ ރައީސަކުވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަސައްކަތްކޮށްދެއްވި ކަމަށެވެ. އެކަމަށްޓަކައި ހުރިހާ ރައީސުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒަށް ފާޑުވިދާޅުވެ އެކްސްގައި ޑރ. ޖަމީލު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ހުޅުމާލެވެސް ހިމެނޭ ގޮތަށް މާލޭ ސަރަހައްދުން 70 ހެކްޓަރ ބިން ބަޔަކަށް ދިނުމަށްފަހު މާދުރުގައި އޮތް ފަޅެއް ހިއްކުމުން އެއީ ހިލޭ ވީކަމެއް ނޫންކަމަށެވެ.

ރައީސް ޔާމީނުގެ ދިފާއީ އިސްވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވީ މާލޭގެ އަގު ބޮޑު ބިންދިނުމަށް ފަހު އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ސުވާލު ކުރައްވަމުންނެވެ.

ގިރާވަރާއި ގުޅީފަޅު މިއީ ބްރިޖުން ގުޅާލެވޭނެ، ތަރައްގީ ކަށަވަރު ކުރެވޭނެ ތަންތަން ކަމަށް ވިދާޅުވަމުން ޑރ. ޖަމީލު ވިދާޅުވީ "ރައީސް މުއިއްޒުގެ ފުށިދިއްގަރު ފަޅުން މޮޅު ޖާދޫއެއް އުފަންވެ، ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލެއް ނުވޭ" އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކުމަކީ " ދެބަސްވެވެން ނެތް ބޮޑު ކޮރަޕްޝަނެއް" ކަމަށް ޖަމީލު ވިދާޅުވިއެވެ. އެކަމަކީ ހުޅުމާލޭގެ ބިން ބަޔަކަށް ދިނުމަށް ރޭވި ރޭވުމެއް ކަމަށް ޖަމީލު ތުހުމަތުކުރެއްވިއެވެ. 

ޑރ. ޖަމީލު ވިދާޅުވަނީ ފުށިދިއްގަރުފަޅު ހިއްކުމުގައި ގޮތް ނޭގޭ އެތަކެއް ކަމެއް ހިމެނޭކަމަށެވެ. ރަސްމާލެ މަޝްރޫއަކީ ދެކޮޅުނުޖެހޭ މަޝްރޫއެއް ކަމަށާއި ރަސްމާލެއަކީ ގުޅާލެވޭނެ ގޮތެއް ނެތް ތަނެއް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

]]>
Mon, 25 Dec 2023 12:54:52 +0500 ހީރަސްނިއުސް
ޕޯޓަލްގެ މައުލޫމާތާ ކުޅެވޭވަރަށް އެކްސަސް ނުވެވޭ: އޭސީސީ https://heerasnews.com/2134 https://heerasnews.com/2134 ގެދޮރުވެރިޔާ ޕޯޓަލަށް އެކްސަސްވެވެނީ ހަމައެކަނި މައުލޫމާތުތައް ބަލާލެވޭ ވަރަށް ކަމަށް އެންޓިކޮރަޕްޝަން ކަމިޝަން (އޭސީސީ) އިން ބުނެފިއެވެ. އޭސީސީން ބުނި ގޮތުގައި އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވެގެން ގެދޮރުވެރި ޕޯޓަލްގެ އެކަސަސް ހޯދީ ހަމައެކަނި މައުލޫމާތުތައް ބަލާލެވޭ މިންވަރަށެވެ.

ޕޯޓަލްގެ އެއްވެސް މައުލޫމަތަކާ ކުޅެ ބަދަލުކުރެވޭ މިންވަރަށް ގެދޮރުވެރި ޕޯޓަލަށް އެކްސަސް ލިބިފައި ނުވާކަމަށް ވެސް އެސީސީން ބުނެއެވެ. މައުލޫމާތާއި ކުޅެ ބަދަލުކުރެވޭ ވަރަށް ޕޯޓަލަށް އެކްސަސްވާން ބޭނުން ނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

މައުލޫމާތުތައް ބަލާލެވޭ ވަރަށް ގެދޮރުވެރި ޕޯޓަލަށް އޭސީސިއަށް އެކްސަސްވެވުމުން ތަހުގީގަށް ޕޯޓަލުން ހޯދަން ބޭނުންވާ މައުލޫމާތު ލިބޭކަމަށް މިނޫހަށް އޭސީސީން މައުލޫމާތު ދީފައިވެއެވެ. އޭސީސީން ޕޯޓަލްއަށް އެކްސަސް ހޯދީ މައުލޫމާތު ބަދަލުކުރަން ނޫންކަމުން މައުލޫމާތުތައް ބަލާލެވޭވަރު ވުމުން ތަހުގީގުގެ ބޭނުން ފުރިހަމަ ވާކަމަށް އޭސީސީގެ މީޑިއާ އޮފިސަރ ވިދާޅުވިއެވެ. 

އޭސީސީއަކީ ވަކިބަޔަކަށް ފްލެޓްދޭން ކަނޑައެޅުމާއި އިސްކަންދޭ ތަރުތީބު ކަނޑައެޅުމުގެ ހައްގު އޮތް ފަރާތެއް ނޫންކަމުން ވަކިފަރާތަކަށް ފުލެޓް ދޭން އޭސީސީން ނާންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭސީސީން ކުރާ ކަމަކީ ހުށަހެޅިފައިވާ މައްސަލަތައް އަވަހަށް ތަހުގީގްކޮށް ނިންމުން ކަމަށް އޭސީސީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ގެދޮރުވެރި ސްކީމާ ގުޅިގެން އެސީސީއަށް ހުށަހަޅާފައިވާ މައްސަލަތަޢް ބަލަމުން ދާތީ މައްސަލަތައް ނިންމާލެވޭނެ ވަކި ތާރީހެއް ކަނޑައަޅާ ބުނަން އަދި ވަރަށް ދަތިކަމަށް އޭސީސީން ބުނެއެވެ. 

ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސަސް އޭސީސީން ހޯދީ ރައީސް ސޯލިހުގެ ވެރިކަމުގައި ހިންގަވަން ފެއްޓެވި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ބަޔަކު ހުށަހެޅި ޝަކުވާތަކެއް ތަހުގީގު ކުރުމަށެވެ.   

]]>
Mon, 25 Dec 2023 11:46:15 +0500 ހީރަސްނިއުސް
ނައީޝްގެ ފުރާނައަށްވުރެ މުއިއްޒަށް މުހިންމީ މަވެތިކަން https://heerasnews.com/2132 https://heerasnews.com/2132 އިންސާނެއްގެ ފުރާނައަށް ވުރެ އަގުބޮޑު އެހެން އެއްޗެއް މާތްރަސްކަލާގެ މި ކައުނުގައި ނުލައްވައެވެ. އިންސާނެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ކުރެވެން އޮތްކަމެއް ނުކޮށް ދޫކޮށްލުމަށްވުރެ ބޮޑު ހިޔާނާތެއް ނޯވެއެވެ. އަމްދުން ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް މާތް ރަސްކަލާގެ ގަންދީ ހުވާކޮށްގެން ހުރި މުސްލިމު ދައުލަތެއްގެ ވެރިއަކަށް އެއަށްވުރެ ވަކީން ބޮޑުކަމެއް ނުއޮންނާނެއެވެ.

ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުވާކޮށްގެން ހުރި ވެރިއެއްގެ ޒިންމާގައި ހިމެނޭ ރައްޔިތަކު ސަލާމަތް ކުރުމަށް ކުރަންޖެހޭ ކަމެއް ކުރުމަކީ އޭނާގެ ވާޖިބެކެވެ. ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރުމަށް ލިބެން އޮތް ހުރިހާ ވަސީލަތެއް ލިބެން އޮތް ގޮތަކަށް ހޯދައިގެން ނުކުރި ވެރިއަކަށްވުރެ އަނިޔާވެރި އެހެން މީހަކު ދުނިޔޭގެ ތާކުނުވެއެވެ. 

އައްޑު އަތޮޅު މަރަދޫ ޒުވާނެއް ކަމުގައިވާ ނައީޝް ގެއްލިގެން އުޅޭތާ ދުވަސް ތަކެއް ފާއިތުވަމުން ދަނީއެވެ. އެ ޒުވާނާ ހޯދުމުގައި ޑރ. މުއިއްޒު ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ. ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން ތައް ހިންގުމުގެ ގާބިލުކަން އޮތްބައެއްގެ އެހީތެރިކަން ލިބެންއޮވެ އެކަން ވަނީ ނުކޮށް ދޫކޮށްލާފައެވެ. އެ ޒުވާނާ ހޯދުމަށްވުރެ މުއިއްޒަށް މުހިންމުވީ ސިޔާސީގޮތުން މަވެތި ކަމާ ބޮޑާކަން ދެއްކުމެވެ.

އެހެން ބައެއްގެ އެހީތެރިކަމާ ނުލާވެސް ރާއްޖޭގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގިދާނެކަން ދެއްކުން ގެއްލިގެން އުޅޭ ޒުވާނާ ހޯދުމަށްވުރެ މުއިއްޒަށް މުހިންމެވެ. ނައީޝް ގެއްލުނު ގެއްލުމަކީ މުއިއްޒު ސަރުކާރުގެ ގާބިލުކަން ދެއްކުމުގެ ސަބަބަކަށް މުއިއްޒު ވަނީ ހަދާފައެވެ. 

ރާއްޖޭގައި ތިބި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް ހާއްސަ އިންޑިއާ ސިފައިންނާ އެ މީހުން ބޭނުންކުރާ ވައިގެ އުޅަދުތައް ނާއިޝް ހޯދުމުގެ އޮޕަރޭޝަންގައި ބޭނުން ކުރުމަކީ ސިޔާސީ ގޮތުން މުއިއްޒުގެ ބަލިވުމަކަށް ވެދާނެތީ އެ ޒުވާނާ ހޯދުމުގައި އިންޑިއާ ސިފައިންގެ އެހީތެރިކަން ހޯދަން މުއިއްޒު ވަނީ ދެކޮޅު ހަދާފައެވެ. އެ މީހުން އަމިއްލައަށް އެދުމުން ވެސް އެ ފުރުސަތު ދޭކަށް ސަރުކަރުން އެއް ބަހެއްނުވިއެވެ. ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް ހާއްސަ ވައިގެ އުޅަދުތައް ހުއްޓާ ސަރުކާރުން އެ އޮޕަރޭޝަނަށް ނެރުނީ އުދުހުމުގެ ތަމްރީނު ތަކުގައި ބޭނުން ކުރާ ވައިގެ އުޅަނދެވެ. އެ އުޅަނދު ފަހަރަކީ ސާރޗް އެންޑް ރެސްކިއުއަށް ރަނގަޅަށް ތައްޔާރުވެފައިވާ އުޅަނދުތަކެއް ނޫނެވެ. ހަމައެހެންމެ އެކަމުގައި މަސައްކަތް ކުރަން ތިބީވެސް އެކަމުގެ މާބޮޑު ތަޖުރިބައެއް ނެތް ބައެއްކަމަށް ވެއެވެ. 

މައްސަލައެއް ނެތްތާއެވެ. އިންޑިއާ ސިފައިންނާ ނުލާވެސް އެކަން އެކުރެވެނީ  ތާއެވެ. މާ މޮޅުކަމަކަށް ވެގެން ސަރުކާރު ޕްރަމޯޓްކުރާ މީހުން ޓްވީޓް ކުރަމުން އެގެންދަނީ އިންޑިއާ ސިފައިންނާ ނުލާ ފުރަތަމަ ފަހަރަށް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް މި ސަރުކާރުން ހިންގާ ވާހަކައެވެ. ގެއްލުނު ޒުވާނާ ފެނުނަސް ނުފެނުނަސް ހެޔޮތާއެވެ.  

]]>
Sun, 24 Dec 2023 16:21:52 +0500 ހީރަސްނިއުސް
ރާއްޖެ މިދަނީ އެންމެބޮޑު ގޯހާ ދިމާއަށް https://heerasnews.com/2131 https://heerasnews.com/2131 30 އަހަރުވަންދެން ރާއްޖޭގައި އެކަކު ވެރިކަމުގައި ހުރި ހުރުން ނިމުމަކަށް ގެނައީ ދެންވާ އެހެން ގޮތެއްނެތި، އިތުރަށް ކެތްކުރެވޭނެ ހަމަ އެއްވެސް ފަދައެއް ނެތުނީމައެވެ.

ކެތްނުކުރެވުނީއޭ ބުނީމާ ހީވަނީ ހަމަ ތިބެފައި ނުކުމެ ވެރިކަން ބަދަލުކުރީހެން ހެެއްޔެވެ؟ ނޫނެކެވެ. އެކަން ކުރީ ހަށިތަކާ ކަށިތައް އަނިޔާވެރި ކަމުގެ ކުރިމައްޗަށް ހިލޭ ސާބަހަށް ގަސްތުގައި ކުރިމަތި ކުރާން ކެރުނު ހިތްވަރުގަދަ ދިވެހި ޒުވާނުންގެ އެޖީލު ނުކުމެ އަނިޔާ އާއި ލާ ހަފުސްވެ ހިމުން ވެގެންނެވެ. 

އެއީ، އެއްވެސް އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުން މަނާ ޒަމާނެވެ. ދެތިން ނޫސް ނިކުންނަނީ ހަމަ އެކަނި ސަރުކާރަށް ސަނާ ކިއުމަށްޓަކައެވެ. އެއިން ނޫހެއްގައި ލިޔެވޭ އެއްޗެއްގެ ދެފޮޅުވަތް ދޭތެރެއިން ވެސް ސަރުކާރާ އިދިކީލި މާނައެެއް ދޭހަވިތަ؟ އެހިސާބުން ހަތަރެސްކަން ހަމަވީއެވެ. ލިއުނު މީހާއާ ނޫހުގެ މަސްއޫލްވެރިންނާ ޗާޕްކޮށްދޭ މެޝިނަށް ދަންދެން ކުއްވެރިވެއެވެ. 

އެއީ ބުނެވޭ ބަހަކުން ނުވަތަ ކުރެވޭ އިޝާރާތަކުން ނޫނީ ބަލާލެވޭ ގޮތަކުންވެސް ސަރުކާރާމެދު ނުރުހުމެއް އޮތްކަމަށް ފާހަގަވެއްޖެނަމަ މީހާގެ ދުވަސްދިޔަ ދުވަސްވަރެވެ.

އޭރުގެ ހަގީގަތް: 

ފުރޮޅުކަހާފައި އަންނަ ފުލުސް ޖިޕަށް މީހާ ނަގާ ހޫރާލުމަށް ފަހު ޕަޕަސް ލާފައި ދޮރުތައް ޖަހާ އައިވަރަށް ވުރެ ބާރަށް ނައްޓާލައިގެން ދާއިރު އާއިލާ އާއި އަވަށްޓެރިން ތިބެން ޖެހޭނީ ޝަހާދަތުގެ މަތީގައެވެ. ޖަލުގެ އަނިޔާއިން ސަލާމަތްވެގެން އެފަކީރަށް އާދެވޭނެތޯ ނުވަތަ ނޫންތޯގެ މަތީގައެވެ.

އެއީ ހިއުމަންރައިޓްސް ނުވަތަ އެނޫންވެސް މިނިވަން މުއައްސަސާއެއް އޮންނަން ޖެހޭކަން ދިވެހިން ނުވެސް ދަންނަ ދުވަސް ވަރެވެ. ދިފާޢީ ވަކީލުންނަކީ އުޅޭ ބައެއް ނޫނެވެ. އެކި ތުހުމަތުގައި ޖަލަށް ގެންދެވޭ މީހުންނަށް އޮންނަނީ ފުލުހުން ބުނާ ގޮތަށް އެެއްބަސްވާ އިއުތިރާފް ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމެވެ. އޭގައި ލިޔެފައި އޮތީ އޭނާ އިންސާނަކު ރޮލާކޭ ކަމަށް ވިޔަސް ވަރިހަމައެވެ. ސޮއި ނުކުރަންޏާ އަނިޔާއާ ކުރިމަތި ލާންވީއެވެ. މީހާގެ ހަމަ ބުއްދިފިލާ ވަރަށް އަނިޔާކޮށްފައި އަތުލަފިކޮށްގެން ކޮމިޝަނަރ އާދަމް ޒާހިރުގެ ކުރިމައްޗަށް ގެނައުމުން ފުލުހުން ލިޔާނެ ގޮތަކަށް ބަޔާން ލިޔަން ހުސްގަނޑެއް ދިނަސް ސޮއިކުރަން އެއްބަސްވީ ކިތަންމެ ބަޔެކެވެ. މިއަދަކީ އާދަމް ޒާހިރު އިރުކޮޅަކާ ޢުމްރާއަށްދާ ދުވަސްވަރެވެ. އެކަމަކު އެއީ އެދުވަހު ކަންއޮތް ގޮތެވެ.

އެއްހުޅުބިޑިއާ، ކީސް ބިޑިއާ، މީހާ ލަނބާ ވާންކޮށް އަބަދު ގުދަށް އޮންނަންޖެހޭ ޗޭނުބިޑިއެވެ. ނޫނީ އަނދަގޮނޑިއެވެ. ނުވަތަ އެންގަލަށް ނެގިގެން ވައިގެ ތެރޭގައި  ވޭންދެނިވި ގޮތަކަށް އެލުވިގެން އޮތުމެވެ. ޖަލުގެ އަނިޔާގެ ރަސްމީ މެނިއުގެ ބޭރުން އިތުރު ސައިޑް ޑިޝްތައް އަދި މާ ކުޅިގަދައެވެ. 

ފުރަގަހަށް ދެއަތް ދަމާ ވާންކޮށް ރުއްރުކާލައި ބިޑިއަޅުވާފައި ނިދިޔަނުދީ ކޮޅަށް ބަހައްޓައިގެން ޑިއުޓީ އޮފިސަރުން ބޮއެފަ ބާކީ ހުންނަ ޖޫހާ ކިރުސައި ޖަގު އެމީހާ ގަޔަށް ޖެހުމެވެ. ކަނޑާއާ ހިނިއަރައިގެން ގައިގެ އެތަން މިތަނުގައި ހެފުމާ ލަވާ ހަޅޭކުން ޑިއުޓީ އޮފިސަރުން ނިދި ފިލުވާ މަޖާ ނެގުމެވެ. ފޫހިވީމާ ނިދާފައި ތިބޭ ގައިދީން ފައްޗަކަށް ބިޑިއަޅުވައިގެން ބޭރަށްނެރެ ދުވަން އެންގުމެވެ. އެދާގޮތަށް ގޮސް މެންދަމު އެންމެން މޫދަށްލުމެވެ. ފައްޗަކަށް ދުވާއިރު ވެއްޓިއްޖެ މީހަކާ ހުރެ އޭނާއާ ދެންތިބި މީހުންނަށް ލިބޭ އަނިޔާއެވެ. 

ބިޑި ފަތީގައި ހާޖަތަށް ދެވިއްޖެ ނަމަ އެންމެންގެ ތެރޭގައި ހާމައަށް ތާހިރުވާން އެންގުމާއި. މީހުންތެރޭ ބަރަހަނާކޮށް ދަށު ދަރަޖައިގެ ލަދުހުތުރު އަމަލު މަޖްބޫރު ކުރުމެވެ.

މިހާލުގައި މީހުން ޖަލުގައި އުޅެމުންދާއިރު ކުއްލިއަކަށް އެތަނުން މީހެެއްގެ ފޮޓޯ މާލޭގައި ހުންނަ ޕްރިޒްންސް ޑިވިޝަންގެ ބޭރުގައި ހުންނަ ނޯޓިސް ބޯޑަށް އަރަނީ ޖަލުން ފިލައިގެން ހޯދާ މީހެއްގެ ގޮތުގައެވެ. އޭނާ އަށްވީ ގޮތަކާ ޖަލުން ފިލިކަމަށް ބުނާ ހާދިސާ ދެނެވޮޑިގެން ވާނީ މާތްރަސްކަލާނގެއެވެ. އެ މީހާވީ ކަނޑު ފައްތާފައި ކަމެއް ބިމުއަޑީގައި ކަމެއް އެނގޭމީހަކު ނޫޅެއެވެ. އެހިސާބުން އެމީހާގެ ކަންތަށްނިމި، ތަހުގީގު ކުރަމުން ދިޔަ ކޭސް ނިމުނީއެވެ.

މިހެން އޮތް ދުވަސްވަރު ފުލުހުންގެ ޖިޕްގައި ހައްޔަރަށް  ގެންދާ މީހާގެ ވާހަކަ އިސްވެ ބުނެފީމެވެ. ސަރުކާރަށް ފާޑުކިއުމަށް ހިތަށް އަރާނެ ނޫސްވެރިއަކު ލިއުންތެރިއަކު ނުވަތަ ޅެންވެރިއަކު އޭރުނެތީ ހިތުގައި އެއްޗެއް ނެތިގެންނެއް ނޫނެވެ. ގަންނާ ކުރައްވާ ބިރުންނެވެ. 

އަނިޔާ އިޔާދަވަނީ ކިހިނެތް:

މި އަނިޔާވެރި ކަމަށް ސަނާ ކިޔަން އޭރުގެ ހަވީރު ނޫހުގައި އުޅުނު ޝަހީބް މިހާރު އެހުރީ ރައީސް އޮފީހުގެ ތަރުޖަމާނަކަށެވެ. އޭރުގެ ހުންނަ ހަމައެކަނި ޓީވީ ކަމަށްވާ ޓީވީއެމްގައި އެ އަނިޔާ އޮފުދާރު ކުރަން އުޅުނު ހޭޔަންބޯ ޚަލީލު މިހާރު އެއީ ރައީސް އޮފީހުގެ މީޑިއާ މިނިސްޓަރެވެ. ކަންމިހެން އޮތްއިރު މި ސަރުކާރުން މީޑިއާއަށް ހުރަސް ނާޅާ، ނޫސްތައް ބްލޮކް ނުކުރުމަކީ އަޖައިބެކެވެ. 

ޚުދުމުޚްތާރު އަނިޔާވެރިކަން ބަލިކޮށް ރާއްޖޭގެ ރައްޔިތުންނަށް ޚިޔާލުފާޅު ކުރުމާ ދުލާ ގަލަމުގެ މިނިވަންކަން ގެނައީ ފާޅުގައި ނިކުތް އެމްޑީޕީ ޖީލު ދޫނުދީ ހާމައަށް ތަހަންމަލު ކުރި އަނިޔާއިންނެވެ.

2008 ނޮވެމްބަރ 11 ގެ ފަހުން ހީކުރެވުނީ އަނިޔާވެރިކަން ނިމުމަކީ ދިވެހިން އުފާވާ ކަމެއް ކަމަށެވެ. ކަންވީ އެހެނެއް ނޫނެވެ. 2008ގައި ވޯޓުން ބަލިވިޔަސް އަނިޔާވެރިކަން އިއާދަ ކުރަން ބޭނުން ދިވެހިން ނުކުމެ ގަދަބާރުން މަގުމަތިން ވެރިކަން ވައްޓާލިއެވެ.

ދީނާ ގައުމާ ހުއްބުލްވަތަނީ ބަސްތަކަކީ އަނިޔާވެރިކަން އަނބުރާ ގެނައުމަށް އަބަދުވެސް އެ މީހުން އަތުރާ ކެހިވެރި ބަސްތަކެވެ. އެއީ ރައީސް ޔާމީނަށް ބެހެއްޓި ހުސްގޮނޑި ފަދަ ހުސްހޮޅި ވާހަަކަ ތަކެވެ. 

އޭރުވެސް މިހާރުވެސް ރާއްޖޭގައި މިހިނގާ ކަމަކީ އަނިޔާވެރިކަމަށް ދެވިހިފާފއިވާ ހިތްތަކުން އަނިޔާވެރިކަން އަނބުރާ ގެނައުމުގެ ސިލްސިލާއެވެ.

އަނިޔާއާ ގޮއްމުށުގެ ބާރަށް ހިތްޖެހިފައި ތިބޭ މީހުން އަނިޔާއާ ދެކޮޅު ވާނީ ހަމައެކަނި އެ މީހުންނަށް އަނިޔާލިބޭ ވަގުތު އެކަންޏެވެ. ކާނަލް ނާޒިމް އާއި އަބްދުއްލާ  ރިޔާޒަކީ ކުރިން ބުނި އަނިޔާވެރިކަން ހިނގިއިރު އެކަނި މުހަންމަދު ހޮޓާ ހިންގިހެން އޭރު ފުލުހުންނާ ސިފައިންގެ ތެރޭގައި އަތްއަނބުރާފައި އުުޅުނު 2 މީހުންނެވެ. އެ މީހުންނަށް އަނިޔާވެރިކަން ކަމު ނުދިޔައީ ހަމައެކަނި އެ މީހުން ޖަލުގައި ހައްޔަރު ވުމުންނެވެ. 

2018ގައި އެމްޑީޕީ ވެރިކަމަށް އައިސް އެ މީހުން މިނިވަންވުމާ އެކު އުޅުނުގޮތާއި މިހާރު ގޮސް އެތިބަ ތަން ދެކޭށެވެ. ގާސިމާއި ސަން ސިޔާމަކީ ވެސް ހަމަ އެ އަނިޔާވެރި ޒަމާން ޖަރީކޮށްގެން މުއްސަނދިވާން އުުޅުނު އަނިޔާވެރިކަމަށް ހިތްޖެހިފއި ތިބި މީހުންނެވެ. 

ހެޔަންބޯ ޚަލީލާއި ޝަހީބާ ދެމީހުން ނޫސް ތައް ބަންދުކުރަން ފޫގެޅި ގޮތަށް ގާސިމާއި ސަން ސިޔާމްގެ އަމަލު ހުންނަގޮތް ފެނެއެވެ. މިހާރު ގޮސް އެރި އެތިބީ އެމީހުންގެ އަސްލިއްޔަތާ ގުޅޭ އަސްލު ޖަމާޢަތުގެ ތެރެއަށެވެ. 

މިބާވަތުގެ އަނިޔާވެރިންނަށްވާ ވަރަކީ މިމީހުން ތާށިވީމާ، އަނިޔާވެރިކަމާ ދެކޮޅު ދިވެހިން ނުކުމެ އެމީހުން އެކަމުން މިންޖުކުރަން ތެޅިފޮޅެން ޖެހުމެވެ. ހައްގުތަކާ ނޫސްވެރިކަމާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދަން ޖެހެނީ އެހެން ބަޔަކަށެވެ. ތިމާމެނަށް ހަމަނޭވާ ލެވި ގައުމަށް ހަމަ ޖެހުން ގެނެވި އަތްފައިގައި ވަރުޖެހުމާ އެކު އަނެއްކާ ދުއްވައިގަންނަނީ އަނިޔާވެރިކަން އިޢާދަ ކުރުމަށެވެ.

އާޚިރު ނަތީޖާ:

ރާއްޖެއަށް ވީގޮތާ ވަމުންމިދާ ގޮތުން އެނގެނީ ކުރެވޭ ސިޔާސީ ހަނގުރާމަ އަކީ އަނިޔާއާ ނިޔާއާ ދެމެދު ހިނގާ ކަމެއް ކަމެވެ. ނިޔާ ގަދަވެއްޖެ ނަމަ އަނިޔާ އެނބުރި އަންނަން ގަދަފައި ވިއްދައިގެން އެކަން ކާމިޔާބު ކުރެއެވެ. އަނިޔާއަށް ހިތްޖެހި އާދަވެފައި ތިބި އެންމެން އެއްތަންވެ އެކަމާ އުޅޭ ގޮތް ގާސިމާއި ނާޒިމާއި  ރިޔާޒާއި ސިޔާމާއި ޚަލީލާ ޝަހީބު އެއުޅޭ  ގޮތުން ސާފުކޮށް ފެނެއެވެ.

ޖީލު އާވެ އުފަންވާ ގޮތަށް ލާއިންސާނީ އަނިޔާއާ ނާއިންސާފަށް ލޯބިކުރާ މީހުންނަކީ ވެސް އުފަންވެ ހެދިބޮޑުވާ ބައެކެވެ. އަނިޔާވެރިކަމަށް ލޯބިކުރާ ޒުވާނުން މި ފެންނަނީ އެހެންވެގެންނެވެ.

ދިވެހީންގެރާއްޖެ ކިޔާ ބޮޑު ސްކޭމެއް ހިންގައިގެން އަލުން އަނބުރާ ގެނެސްފައި މިވަނީ ކުރީގެ އަނިޔާވެރި ގޮތްގަނޑުގެ އާފެށުމެކެވެ.

ބުނީމާ ގަބޫލު ކުރާށެވެ. މި ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ އަންނަ ދައުރުން ބާރެއް ލިބިއްޖެނަމަ، އެއީ ގޯހުގެ މައްޗަށް ދިވެހިން ހަދާނެ އެންމެ ބޮޑުގޯހެވެ.

]]>
Sat, 23 Dec 2023 17:32:47 +0500 ހީރަސްނިއުސް
ރަސްމާލެ ބިން ހިއްކާދެނީ ސީއެމްސީސީއެއް ނޫން! https://heerasnews.com/2124 https://heerasnews.com/2124 ފުށިދިއްގަރުފަޅު "ރަސްމާލެ" ނަމުގައި ތަރައްގީ ކުރުމުގައި ބައިބެރިވަނީ ހަމައެކަނި ބިން ހިއްކުމަށް ހަވާލުވެފައިވާ ސީއެމްސީސީ އެކަންޏެއް ނޫނެވެ. އޭގެ ފަހަތުގައި އޮތީ ޔޫއޭއީގެ ކުންފުންޏެކެވެ. އެކަންވަނީ އާބަންކޯއާއި ސަރުކާރުން ސިއްރުކޮށްފައެވެ. ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓަށް ފައިސާ ދެނީ މިބުނާ ޔޫއޭއީ ކުންފުނިންނެވެ.

ފުށިދިއްގަރުފަޅު "ރަސްމާލެ" ނަމުގައި ތަރައްގީ ކުރުމަށް ފުށިދިއްގަރު ހިއްކާ ދޭތީ ސީއެމްސީސީއަށް ދެނީ ރަސްމާލޭގެ ބިމުގެ ގޮތުގައި ހިއްކާ ބިމުގެ 10 ހެކްޓަރ ބިން ހުޅުމާލޭ ފޭސް ތިނަކުންނެވެ. ސީއެމްސީސީއަށް އެ ބިންދެނީ ހަގީގަތުގައި 99 އަހަރަށެވެ. 

ފުށިދިއްގަރުފަޅުން ހިއްކާ ބިމުން ސީއެމްސީސީއަށް ދޭން އެއްބަސްވެފައިވާ ކަމަށް ބުނާ 70 ހެކްޓަރު ބިމަކުން ސީއެމްސީސީއަށް އަކަ އިންޗިއެއްވެސް ނުލިބެއެވެ. ލިބެނީ ހުޅުމާލޭ ފޭސް ތިނަކުން ލިބޭ 10 ހެކްޓަރ އެކަންޏެވެ. ފުށިދިއްގަރުފަޅުހިއްކާފައި 70 ހެކްޓަރު ބިން ދެނީ ޔޫއޭއީ ކުންފުންޏަކަށެވެ. އެ ބިމަކީވެސް 99 އަހަރަށް ދެވޭ ބިމެކެވެ.  

ޔޫއޭއީ ކުންފުންޏަކީ ފުށިދިއްގަރުފަޅު ހިއްކުމަށް ކޮންޓެކްޓަރަށް ފައިސާދޭ ފަރާތެވެ. ފުށިދިއްގަރުފަޅު ހިއްކުމަކީ ޔޫއޭއީ ކުންފުނީ މަސްލަހަތު ވަރަށް ބޮޑަށް އޮތްކަމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރަސްމާލެ ހިއްކުމަށް ހަރަދުކުރާ ޔޫއޭއީ ކުންފުނީގެ މަސްލަހަތު އޮތް ވިޔާފާރިއެއް ރާއްޖޭގައި ހިނގާކަމަށްވެއެވެ. ބުނެވޭ ގޮތުގައި ޔޫއޭއީގެ އެކުންފުނީގެ މަސްލަހަތު އޮންނަނީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައެވެ. އެއަރޕޯޓްގެ ބޭނުމަށް މާފަރު އެކީއެކައްޗަކަށް ހުސްކޮށްލުމަކީ އެއަރޕޯޓް ހިންގާ މީހުންގެ ވަރަށް ބޮޑު އަމާޒެއް ކަމަށްވެއެވެ. 

ފުށިދިއްގަރުފަޅަކީ މާފަރު ރައްޔިތުންނަށް ހޯދާދޭ ހައްލެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުށިދިއްގަރުފަޅުގައި ޒަމާނީ ފެންވަރުގެ ހިޔާވަހިކަން ބިނާކޮށްދީ މާލެ ކައިރިއަށް މާފަރު މީހުން ބަދަލުކޮށް ދިނުމަށް ދުބާއީ ކުންފުނީން ޖާމިނު ވެފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

]]>
Thu, 21 Dec 2023 20:28:27 +0500 ހީރަސްނިއުސް
އެމް.ޑީ.ޕީން ބޮޑުކުރިނަމަ މުސާރަ ބޮޑުކުރީހީ 2020ގަ: ޔާސިރު https://heerasnews.com/2118 https://heerasnews.com/2118 އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމަށް ކުޅުދުއްފުށިސިޓީގެ މަޖިލިސް މެންބަރެއް ކަމުގައިވާ ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަލްސާ އެކްސްގައި ފާޅުކުރައްވާފައިވާ ހިޔާލަކަށް ރައްދު ދެއްވާ ޔާސިރު މިހެން ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކަށް ކުއްލިޔަކަށް މަޖިލީހުން މުސާރަ ބޮޑުކުރާ ކަމަށް ވިދާޅުވެ މަލްސާ ފާޑު ވިދާޅުވުމުންނެވެ. 

" ދެން މަލްސާ ތިއޮތް އުޅުއްވާގޮތެެއް، ކުރިން އެގޮތަށް އުޅެވިފައި ހުއްޓަސް ޑެޕިއުޓީ މިނިސްޓަރަކަށް ހުންނަވާއިރު އެހާބޮޑަށް ރައްޔިތުން ޑިސިވްކުރައްވަން މަސައްކަތްކުރައްވާކަށް ނުވާނެ" ކަމަށް ވިދާޅުވެ ދެއްވި ރައްދުގައި މެންބަރު ޔާސިރު ވިދާޅުވީ 2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައިލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާނެ ކަމަށެވެ. އެކަން އަދުގެ މާލީވަޒީރަށް އެނގިލައްވާނެ ކަމަށާއި، އޭގެ ތެރެއިން އެއްބަޔަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލިސް އަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް މެންބަރު ޔާސިރު ވިދާޅުވެފައިވަނީ:-

  • ރައީސުލްޖުމްހޫރިއްޔާ
  • ރައީސުލްޖުމްހޫރިއްޔާހެ ނައިބު
  • މަޖިލިސް ރައީސް
  • މަޖިލީހުގެ ނައިބު ރައީސް
  • އުއްތަމަ ފަނޑިޔާރު
  • މަޖިލިސް މެމްބަރުން
  • ވަޒީރުން
  • އެމްއެމްއޭ ގަވަަރނަރ
  • އެޓަނީ ޖެނެރަލް
  • ޕްރޮސިކިއުޓަރ ޖެނެރަލް
  • ފަނޑިޔާރުން
  • ޤާޟީންނާއި މެޖިސްޓްރޭޓުން
  • މޭޔަރުން
  • ރަށު ކައުންސިލް ރައީސުން
  • ކައުންސިލް ތަކުގެ މެމްބަރުން
  • މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުންނާއި އެތަންތާނގެ ނައިބުން
  •  މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެމެމްބަރުން
  • ގާނޫނު ލާޒިމުކުރާ އިތުރު ބައެއް ފަރާތްތައް.

އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. މާލިއްޔަތު ކޮމެޓީން ކުރިކަމަކީ އެއީކަމަށް ޔާސިރު ވިދާޅުވިއެވެ.

މަޖިލީހުން މުސާރަތައް ކަނޑައެޅުމުގައި ދައުލަތުގެ މާޤާމްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކުރެވިފައި ވާނެ ކަމަށާއި އެކި މަޤާމްތަކަށް ކުރިއެރުން ލިބިފައިވާ % އާއި މެދު ހިޔާލް ތަފާތު ވެދާނެކަމަށާއި އެހެންވުމަކީ މައްސަލައެއް ނޫން ކަމަށް ޔާސިރުވިދާޅުވެފައިވެއެވެ. އެކަމަށް ހިޔާލުވެސް ދެވޭނެ ކަމަށާއި ބަހުސް ހިންގޭނެ ކަމަށާއި ތަޅުމުގައި އިސްލާހުވެސް ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮމެޓީން ކޮންމެ ނިންމުމެއް ނިންމިޔަސް ވެސް ފާސްވާނީ ތަޅުމުން ފާސްކުރީމާ ކަމަށް މެންބަރު ޔާސިރު ވިދާޅުވިއެވެ. 

މަޖިލީހުގެ މާލިއްޔަތު ކޮމެޓިން ނިންމި އެ ނިންމުމަކީ އެމް.ޑީ.ޕީގެ މެމްބަރުން އަމިއްލަ އެދުން ބޮޑުވެގެން ކުރަންއުޅޭ ކަމެއް ކަމުގައި ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން ރައްޔިތުންނަށް ވިސްނަދެއްވަން އުޅުއްވުމަކީ ދެރަކަމެއް ކަމަށް ޔާސިރު ވިދާޅުވިއެވެ. " އެމް.ޑީ.ޕީގެ މެމްބަރުން މިކަން ބޭނުންވި ނަމަ މިކަން ކުރާނީ 2020 އަހަރު ނޫންތޯ. ދައުރު ނިމެން ވީމައި ނޫން ދެއްތޯ؟" ޔާސިރު ވިދާޅުވިއެވެ. ސަރުކަަރުން ޕޭހަަމަނައިޒޭޝަންގެ މަސައްކަތް ނިންމަވާ، ދައުލަތުގެ ދެން ތިއްބެވި މުވައްޒަފުންގެ މުސަަރާތަކަށް ގެނެވޭ ބަދަލުތައް އަވަހަށް ގެނެސްދެއްވުމަށް ގޮވާލަން ޔާސިރު ގޮވާލެއްވިއެވެ. 

]]>
Wed, 20 Dec 2023 14:41:57 +0500 ހީރަސްނިއުސް
އެއްލައްކަ ބަންގާޅީން ހަމަވާކަމަކަށް އިހުސާނަކަށް ނުވާނެ! https://heerasnews.com/2114 https://heerasnews.com/2114 އިންޑިއާ ސިފައިން ރާއްޖޭގައި ތިބިވަރު ނޭނގުނަސް ރާއްޖޭގައި އުޅޭ ބަންގާޅީންގެ އަދަދު މުއިއްޒު ސަރުކާރަށް ހޯދާލާކަށް މާ އުދަގުލެއް ނުވިއެވެ. ހިނި ދަރުގަނޑަކުން ހިނި އުތުރި އަރާހެން މުޅި ރާއްޖޭގައި ބަންގާޅުން އުތުރި އެރިޔަސް ފަރުވާލެއް ނެތްތާއެވެ. ލައްކައެއްވެސް ހަމަވީއެއް ނޫނެވެ. ނޫނޭވާ އިހުސާނު މޮޅެވެ.  

ގަބޫލު ކުރަމެވެ. އެއް ގައުމަކުން އަން-ސްކިލްޑް ލޭބަރުންގެ ގޮތުގައި ރާއްޖެއަށް އެތެރެ ކުރެވޭނީ އެއްލައްކަ މީހުންނެވެ. ރާއްޖޭގައި މި ވަގުތު ތިބީ 90،624 ބަންގްލަދޭޝް މީހުން ކަމަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމުން ދައްކަފާނެއެވެ. އާނއެކެވެ. 90،624 އަކީ އެއްލަކައެއް ނޫނެވެ. އެއްލައްކަ ހަމަވާން 9376 މަދެވެ. ކޮންމެ ހެނެއްވެސް އެއްލައްކަ ވާނީ ހަމަކުރާށެވެ. ރާއްޖޭގެ ހޯމް ލޭންޑް ސެކިއުރިޓީ ކަށަވަރު ކޮށްދެވޭނީ އޭރުންނެވެ. 

އަންތަރީހެއް ނުވާނެހެއްޔެވެ. ބަންގާޅީންގެ މައްސަލައަކީ ރާއްޖޭގައި ހަމަލަމަ ގެއްލިފައި އޮތް ގައުމީ މައްސަލައެއްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަކަށް ނޭނގެއެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް ތިންހަތް ދުވަސް ވީއިރުވެސް ރަސްމީ ހިސާބު ތަކުން 136000 އަށް ވުރެ ގިނަ ބަންގާޅީން މަސައްކަތު މީހުންގެ ގޮތުގައި ތިބި ކަމަށް ރަސްމީ ހިސާބު ތަކުން ދައްކައެވެ. މީގެ 4 އަހަރު ކުރިއްސުރެ ބަންގާޅީ މަސައްކަތު މީހުން ރާއްޖެ އެތެރެކުރުމަށް ހުއްދަ ދިނުން ވަނީ ހުއްޓާލާފައެވެ. ބަންގްލާދޭޝް މަސައްކަތު މީހުން ރާއްޖެ އެތެރެކުރުމަށް ހުއްދަ ދިނުން ކުރީގެ ސަރުކާރުން ހުއްޓާލީ އެކަން އެހެން ނުކޮށް ވާން ނެތިގެންނެވެ. ގައުމީ ސަލާމަތަށްޓަކައެވެ. 

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް އޮޓޮމެޓިކް ސިސްޓަމް ޒަމާނީ ފެންވަރަށް ގާއިމު ކުރެވުނީ ދާދި ފަހުންނެވެ. އޭގެ މާކުރިއްސުރެ ވެސް ބަންގާޅީ މަސައްކަތު މީހުން ފަސޭހަ ކަމާއެކު ރާއްޖެ އެތެރެވެ ބޭރުވެ އުޅެމުން ދިޔައެވެ. އެހެން ކަމުން އެ ހުރިހާ ރެކޯޑް ރަނުން ރަނަށް މިހާރު ފެންނަން ނެތިދާނެއެވެ. އެހެނެކޭ ކިޔާފައި ރާއްޖޭގެ ވިޔަފާރިވެރިންގެ ބޮލުގައި އަޅުވާފައި ބަންގާޅިން އެތެރެ ކުރަން އަލުން ހުއްދަ ދޭކަށް ނުޖެހެއެވެ. ހުއްދަ އޮތްތާކުން މީހުން ގެނެސްގެން ވިޔާފާރިވެރިން އެމީހުންގެ މަސައްކަތްތައް ކުރަމުން ދާނެއެވެ. 

ވެގެން އުޅެނީ އެހެނަކުން ނޫނެވެ. އިންސާނީ ވަގުފާރިއަކީ ފިސާރި ފައިދާ ބޮޑު ނުލާހިކު ލުއިކޮށް އަމިއްލަ ޖީބަށް ފައިސާ އަޅާލެވޭ ކަމެކެވެ. އިންސާނީ ވަގުފާރިއަށްޓަކާ ބަންގާޅު މީހުން އެތެރެ ކުރަން ހުޅުވާލުމުގެ ބޭނުމުގައި ގާނޫނީ އަދަދު ހަމަނުވާ ކަމަށް ބުނެ ވަގުފާރިއަށް ބަންދުކޮށްފައި ހުރި ދޮރުގެ ތަންޑު ނައްޓާލީއެވެ. އިންސާނީ ވަގުފާރި ހިންގުމުގެ ރެކޯޑް އޮތް މީސް މީހުންގެ އަތްމައްޗަށް ލޭބަރުން އެތެރެކުރުމުގެ ހުއްދައާއި ކޯޓާދިނުން އެރީމާ ފިސާރި ކުޅިކުޅެލާނެއެވެ. ބާރުފޯރާ ހަމަޔަށް އާދެވުނީމާ ޑާޓާ ބޭސް ބަދަލުކޮށްގެން ވެސް އުސޫލުގެ ތެރެއިން ވަގުފާރި ހިންގާލާނެއެވެ. 

ވަކިކަމެއް ހަލާލު ކުރުމަށް ޑާޓާ ބޭހަށް ބަދަލު ގެނައުމަކީ މިސަރުކާރަށް މިވީ މަހެއްހާ ދުވަހުގެ ތެރޭގައި އާއްމު ކަމެއްކަން އެނގެއެވެ. އެއް ގައުމަކުން އެންމެ ގިނަ މީހުން އެތެރެކުރެވޭނެ ކަމަށް ގާނޫނުގައި އޮތް އަދަދު ހަމަނުވާކަން ދެއްކުމަށްޓަކާ ބޯޑާރ ކޮންޓްރޯލް ޑާޓާބޭހަށް މި ސަރުކާރުން ބަދަލު ނުގެންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއްނެތެވެ. އެކޮނޮމިކް މިނިސްޓްރީގައި އޮތް ލޭބަރުންގެ ޑާޓާތައް ޑިލީޓްކުރި ބަޔަކު ބޯޑަރ ކޮންޓްރޯލްގެ ޑާޓާތައް ބަދަލުކޮށް ބޭނުންވާ ގޮތަށް ބަދަލު ނުކުރާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

މޭންޑޭޓް ބަދަލުވުމަކީ ކުރީގެ ނިންމުންތަކާއި އުސޫލުތަކާ ރެކޯޑްތައް ފުހެލަން ޖެހޭ ސަބަބެއް ނޫނެވެ. ކަންކުރަމުން އައި ގޮތް ބަދަލުވިޔަސް ކުރީން ކޮށްފައިވާ ކަންކަން ކޮށްފައިވާގޮތް ރެކޯޑްތަކުން ފެންނަން ހުންނަން ޖެހެއެވެ. އެއްޔަކީ ވުޖޫދުން ފުހެވިގެން ދާންޖެހޭ ކަންކަމެއް ނޫނެވެ.  

ދެލޯ ސަލާމަތުން ހުރި ވަޒީރެއް ނަމަ ރާއްޖޭގައި އޮތް ބޮޑު މުސީބާތަކަށް ބަންގާޅީން ވެފައިވާކަން އެނގޭނެއެވެ. ގަވައިދުގެ ތެރެއިންނާ ގައިވައިދާ ހިލާފަށް ރާއްޖޭގެ އަބާދީގެ ބޮޑެތި މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައިހާ ބަންގާޅިން އުޅޭކަން އެނގޭނެއެވެ. އުސޫލުގައި އޮތް އެންމެ ހަނިމަގު ހޯދައިގެންވެސް ބަންގާޅީން އެތެރެކުރަން އުޅޭނީ ގައިމު ކަމެއްވީމައެވެ. އިންސާނީ ވަގުފާރި ކުރަން ވެރިކަން ހިސޯރުކުރި ބައެއްވިއްޔާ އުސޫލުގެ ތެރެއިން ބަންގާޅީން އެތެރެކުރެވޭނެ ގޮތްވެސް ހަދާނެއެވެ. ހޯމް ލޭންޑް ސެކިއުރިޓީ ކަށަވަރު ކުރެވޭނީ އޭރުންތާއެވެ. އެއް ގައުމަކުން އެތެރެ ކުރެވޭނެކަމަށް ގާނޫނުގައި އެބުނާ އެއްލައްކަ ދުވަހަކުވެސް އިހުސާނަކަށް ހަމައެއް ނުވާނެއެވެ.  

]]>
Tue, 19 Dec 2023 13:46:38 +0500 ހީރަސްނިއުސް
ކަށްމާލެ& ރަސްމާލެ& ތުރަމާލެ : ނަމުން ފުރަމާލެ https://heerasnews.com/2113 https://heerasnews.com/2113 ރައީސް މުއިއްޒު މިއުޅުއްވަނީ ކޮން ބައެއްގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮންދެއްވަން ކަމާމެދު ސުވާލު އުފެދެއެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަށެއް ތަރައްގީ ކުރީމާ ބޯހިޔާވަހިކަން ލިބެނީ ކޮންބަޔަކަށް ކަމެއް ނޭގެއެވެ. ހަމަ ގައިމުވެސް އެއްޔަކީ މާލޭގައި ދިރިއުޅޭ މީހުންގެ ބޯހިޔާވަހިކަމަށް ތަރައްގީކުރާ ތަނެއް ނޫނެވެ. 

ރަސްމާލެ ނަމަކަށް ކިޔައިގެން ހިއްކިޔަސް އެ ތަނަކީ މާލެއަކަށް ނުވާނެއެވެ. މާލޭގައި ދިރިއުޅޭ މީހުނެއްވެސް ފުށިދިއްގަރުފަޅަކީ މާލެ ކަމަކަށް ގަބޫލެއް ނުކުރާނެއެވެ. ވިލިމާލެ، ހުޅުމާލެ ކިޔާހެން ރަސްމާލެ ކިޔަންވީ އަރި އަތޮޅު ރަސްދު އާއި ރ. އަތޮޅު ރަސްމާދޫއަށާއި ރަސްގެތީމަށެވެ. އޭރުން އެ ރަށް ރަށަކީ މާލެއަށް ބަދަލުވީއެވެ. ކޮންމެ ތާކު އޮތަސް ވަރިހަމަތާއެވެ. 

އައްޑޫ އަތޮޅު ގަމަށް ގަންމާލެ ކިޔާފައި، ކަށްބޯހުރައަށް ކަށްމާލެ ކިޔާފައި ކޯއްޓޭއަށް  ކޯއްމާލެ ކީމާ އައްޑޫ ވެސް މާލެއަށް ވާނެއެވެ. ތުރާކުނަށް ތުރަމާލެ ކިޔާފައި އުލިގަމަށް އުލިމާލެ ކީމާ ނިމުނީއެވެ. އޭރުން އެ ހުރިހާތަނެއް އޮންނާނީ މާލެއަށް ވެފައެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ބުރިޖަކުން ފުރަމާލެއާއި ގުޅާ ލެވެން ނެތް ރަށެއް ހިއްކާފައި ނަމުގެ އެއްބަޔަށް މާލެ ކިޔަކަސް އެތަނެއް މާލެއަކަށް ނުވާނެއެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެއޭ ކިޔައިގެން އުޅުނަކަސް މާލޭ މީހުނެއް އެއްޔަކީ މާލެ ކަމަށް ބަލައިގެން އެތަނުން ހިޔާވަހިކަން ހޯދާކަށް ނޫޅެއެވެ. މާލޭ މީހުން މާލެ ކަމަށް ބަލަނީ ކުޑަމިނުން ބުރިޖަކުން މާލެއާ ގުޅާލެވޭ ގޮތަށް އޮންނަ ތަންތަނެވެ.

ހުޅުމާލެ ހިއްކާ ފްލެޓާއި ރޯ ހައުސްއަޅާ ހެއްޖަކަސް އެތަނުގައި ބަޔަކު ހެޔޮވަރަކަށް އާބާދުވެ ކާރޫ ބާރު ހިނގައިގަތީ ބުރިޖުން މާލެއާ ގުޅާ ލުމުންނެވެ. އޭގެ ކުރިން ދިޔަބަޔަކު ގޮސް އުޅުނީ އެއްވެސް އެހެން ގޮތެއް ނެތިގެންނެވެ. ފުށިދިއްގަރުފަޅަކީ ފަސޭހަ ރަހުމަތެއްގައި ބުރިޖަކުން ގުޅާލެވޭކަށް އޮތް ތަނެއް ނޫނެވެ. މި ޒަމާނުގެ ޓެކްނޮލޮޖީއަށް ބަލާއިރު ފަހަރެއްގައި ބުރިޖެއް އަޅައިގެން ގުޅުވާ ނުލެވޭނެއެކޭ ބުނާކަށް ނެތީމެވެ. ފުށިދިއްގަރުފަޅު މާލެއާ ދޭތެރޭގައި ބުރިޖެއް އަޅަން ހިނގާ ހަރަދު ހަނދަން އަރަން ވެސް ކުރަން ނުޖެހޭނެއޭ ބުނާހާ ހަރަދު ބޮޑުވާނެއެވެ. 

އެންމެ ރަނގަޅެވެ.  މިއަދު ހިއްކަން ފެށީ ރަސްމާލެއެވެ. މާލެ ތަކުގެ ވެރިމާލެއެވެ. މާލޭ މީހުނަށް ބޯހިޔާވަހިކަން ދޭން މާލެއާއި ގުޅުވާލެވެން ނެތް ތަނެއް މާލެއާއި މާދުރުން ހިއްކާފާ ރަސްމާލެ ކީމާ އެތަނަކީ މާލެ ކަމަށް ބަލައިގެން އެތަނަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ބަޔަކު މާލޭގައި ތިބިތޯ ކުޑަމިނުން ބަލާލެވުނު ހެއްޔެވެ. މާލޭ މީހުނަށް ބޯހިޔާވަހި ކަމަށް ހިއްކާ ތަނެއް ނަމަ ފަސޭހައިން އެރަށާ މާލެއާ ގުޅުވާލެވެން ނެތުމުން އެތާ ދިރިއުޅެން ތިބި މީހުންގެ ހިޔާލު ހޯދާލީހެވެ. ކުށްވެރިންތަކެއް ލާން ހަދާޖަލެއް ނަމަ ޖަލު މީހުން ރުހުނަސް ނުރުހުނަސް ކޮންމެ ތާކުވެސް ޖަލެއް އެޅިދާނެއެވެ. ބަޔަކު ދިރިއުޅެން ތަނެއް ދައްކަން ވާނީ އެބައެއްގެ ރުހުން އޮތްތާކުންނެވެ. 

ބަޖެޓްގައި އެކަމަށް ފައިސާނެތި ސަރުކާރު ކުންފުންޏެއް ޖާމިނު ކުރުވައިގެން އެހާ ހަރަދުބޮޑު އަގުބޮޑު ބިޔަ ޕްރޮޖެކްޓެއް ރައްޔިތުންގެ ބޯހިޔާވަހިކަން ހޯދާދޭށޭ ކިޔާފައި ނުފަށާނެއެވެ. ދައުލަތުގެ ދަރަނި އިންތިހާގައި އޮއްވާ ހޭޖެހޭ ބަޔަކު އެކަމެއް ނުކުރާނެއެވެ. އަމްދުން މާލެއާއި ގުޅުވާލެވެން އޮތް ފަޅުތަކެއް ހިއްކާ ގޯތިތަކެއް ދީފައިވަނިކޮށް އެކަން ހުޢްޓާލާ އަލަށް އެހެން ކަމެއް ނުފަށާނެއެވެ. އޭގެ ފަހަތުގައި އެސްއީޒެޑްގެ ނަމުގައި އަދިވެސް ކުރަންއުޅޭ ކަމަކީ ފ. އަތޮޅު ވިއްކާލުމެވެ. 

]]>
Mon, 18 Dec 2023 22:08:20 +0500 ހީރަސްނިއުސް
އެމްޑީޕީއަށް މުއިއްޒު އަޒުލުކުރެވޭނެ! https://heerasnews.com/2111 https://heerasnews.com/2111
  • އަޒުލު ކުރުމަކީ ވެރިކަން ވައްޓާލުމުގެ ގާނޫނީހަމަ
  • ރައީސަށް ރައްޔިތުންގެ މަޖިލީސް އުވައެއް ނުލެވޭނެ
  • ރައްޔިތުން ހޮވި ނައިބު ރައީސަކު އަޒުލް ކޮށްފައިވޭ
  • ރައްޔިތުންގެ %65 އިން ހޮވި ރައީސަކު އަޒުލްކުރަން އުޅުނު
  • އަޒުލު ކުރެވޭތޯ ނޫޅޭ ރައީސަކު 2008ގެ ފަހުން ވެރިކަމެއް ނުކުރޭ  
  • ގާނޫނު އަސާސީ އިސްލާހު ކުރުމާ ގާނޫނު އުވާލުމާއި ގާނޫނަށް އިސްލާހު ގެނައުމަކީ ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރެކެވެ. ޒިންމާއެކެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނަކަށް ނުވަތަ ގަވާއިދަކަށް އިސްލާހެއް ގެންނަން އުޅުމަކީ ގާނޫނީ ސަރުކާރަށް ލޮޅުންއަރާ ފައިހަރުނުލައިގެން ސަރުކާރު ވެއްޓެން ޖެހޭ ސަބަބެއް ނޫނެވެ.  

    އެހެނެއް ކަމަކު ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމުގެ ގާނޫނީ އިޖުރާތަށް އިސްލާހު ތަކެއް ގެނައުމަކީ ސަރުކާރަށް ލޮޅުން އަރާ ކަމަކަށް ވެއްޖެއެވެ. ގާނޫނީ ހަމަތަކުގެ މަތީން ރައީސް އަޒުލް ކުރުމުގެ އިޖުރާތު އިސްލާހު ކުރަން އުޅުމަކީ ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލުން ކަމަށް ރައީސް މުއިއްޒަށް ވެއްޖެއެވެ. އެކަމަކީ ގައުމަށް ޣައްދާރުވުން ކަމަށް ރައީސް މުއިއްޒަށް ވެއްޖެއެވެ. 

    ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ހުއްދަ ހަލާލު ބާރެކެވެ. 5 އަހަރަށް ވެރިކަމަށް ހޮވާފާ ހުންނަ މީހާ ގާނޫނާއި ހިލާފަށް ވެރިކަން ކުރަންޏާ ރީތިކޮށް ވެރިކަމުން ބޭލުމަކީ މަޖިލީހަށް ލާޒިމު ކަމެކެވެ. އެހެނެކޭ ކިޔާފައި ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރެއް ރައީސަކަށް ވެސް އެނޫން ބަޔަކަށް ވެސް ލިބިގެން ނުވެއެވެ. 

    2008 ވަނަ އަހަރު އައު ގާނޫނ އަސާސީއަށް ވެރިކަން ހިންގަން ފެށީއްސުރެ އަޒުލު ކުރުމުގެ ވާހަކައަކީ ކޮންމެ ވެރިކަމެއްގައި ވެސް ތިލަވާ ވާހަކަ ތަކެކެވެ. އިދިކޮޅު ވާދަވެރިން ކުރެވޭތޯ އުޅުނު ކަމެކެވެ. ރައީސް ނަޝީދަކީ ވެސް ދިވެހި ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން 5 އަހަރަށް ރައީސް ކަމަށް ހޮވި މީހެކެވެ. ރައީސް ނަޝީދު އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވީ މަގުމަތިންނެވެ. މަޖިލީހުގެ ތެރެއިން ގާނޫނީ ހަމަތަކުން އަޒުލު ކުރެވޭނެ ގޮތް ނެތިގެންނެވެ. 

    ރައީސް ޔާމީނު ވެރިކަމުގައި މަޖިލީހުން ބޭނުން ވުމުން ދެ ނައިބު ރައީސުން އަޒުލު ކުރިއެވެ. ގާނޫނީ ސަރުކާރަށް ލޮޅުމެއް ނާރައެވެ. އެކަމާ އުޅެ ރައްޔިތުން އިންތިހާބުކުރި ނައިބު ރައީސަކު އަޒުލްކޮށް ނިންމާލިއިރު އެމީހުން ޣައްދާރުންނަކަށް ނުވެއެވެ. 

    ރައީސް ޔާމީނު ވެރިކަމުން އަޒުލު ކުރުމަށް އޭރު އޮތް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރިއެވެ. އެކަމާގުޅިގެން ފާރުމަތީން މެންބަރުންތައް އުކާލާ މަޖިލީހުގައި ތަޅު އެޅުވީއެވެ. 13 މެންބަރެއްގެ ގޮނޑި ގެއްލުވާލާ މަޖިލީހަށް ހާލަތުއްޒަރޫރާ ( ޑޮކްޓަރިން އޮފް ނެސެސިޓީ) އުފަން ކުރުވިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނުގެ ދައުރު ނިމެން ވީއިރުވެސް އަޒުލު ނުކުރެވި ވެރިކަމުގެ ދައުރު ހަމަވީއެވެ. 

    ރައީސް ސޯލިހުގެ ވެރިކަމުގެ ފަހު އަހަރު ރައިސް ސޯލިހު އަޒުލް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. އެކަމުގައި އިސްވެހުރީ މިހާރު ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި އޭރުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. ރައިސް ސޯލިހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ މަސައްކަތް ފަށާކަން މަޖިލީހުގެ ފްލޯރގައި އިއުލާނު ކުރީ މިއަހަރު (2023)ގެ ޖުލައިމަހު ނައިފަރު ދައިރާގެ މެންބަރު ޝިޔާމްއެވެ. އެޔާއެކު ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފެށިއެވެ. އުޅެއުޅެ ބައްޔަށް މައްސަލަ ވެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަނުވެ މައްސަލަ ދިޔައީ ފަނު ފުލުންނެވެ. 

    ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާ މުއިއްޒު އަޒުލުކުރާ ވާހަކައެއް އަދި ބަޔަކު ނުދައްކައެވެ. ސޮއި ހަމަ ނުވެގެން މައްސަލަ ނުވައްދާ ތިބޭކަށް އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދަކު ނުޖެހޭނެއެވެ. ގާނޫނީ އިމުގެ ތެރެއިން މުއިއްޒު ވެރިކަމުން ބާލަން ޖެހެންޏާ ބޭލޭވަރުގެ ހަކަތަ އެމްޑީޕީގައި އެބައޮތެވެ. ރައްޔިތުންގެ އިތުބާރު މުއިއްޒަށް އޮތްތޯ ނެތްތޯ ބަލައިލަން ފެންނަ ނުފެންނަ ވޯޓަކަށް ދިޔަސް ރައްޔިތުންގެ ބޮޑު މެޖޯރިޓީ މިހާރު މުއިއްޒަށް ބުނާނީ ނޫނެކޭކަން ކަށަވަރެވެ.

    ރައީސް ސޯލިހު ވެރިކަމުގައި ނައިފަރު ޝިޔާމްމެނަށް ރައީސުލްޖުމްހޫރިއްޔާ އަޒަލުކުރަން އުޅުމަކީ ޣައްދާރު ވުމަށް ނުވެފައި ރައީސް މުއިއްޒު އަޒުލުކުރުމަކީ ޣައްދާރުވުން ކަމަށް ވާގޮތެއް ނޭގެއެވެ. ރައީސް ސޯލިހު ވެރިކަމަށް ރައްޔިތުން އިންތިހާބުކުރީ ރައްޔިތުންގެ %65 އަށްވުރެ މަތީ އަގުލަބިއްޔަތަކުންނެވެ. ރައީސް މުއިއްޒު އިންތިހާބު ވެފައި ވަނީ %54 ޕަސެންޓުންނެވެ. ރައްޔިތުންގެ މާބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކޮށްފައި ހުރި ރައީސަކު އަޒުލްކުރަން ނައިފަރު ޝިޔާމުމެން އުޅުނު އުޅުން ގައިރު ގާނޫނީ ނުވެފައި އެއަށްވުރެ ދަށް އަގުލަބިއްޔަތަކުން ހޮވިފައި ހުރި ރައީސަކު އަޒުލް ކުރަން އުޅުން ނައިފަރު ޝިޔާމުމެނަށް ގައިރު ގާނޫނީ ވާގޮތެއް ބުނެބަލާށެވެ. 

    ]]>
    Mon, 18 Dec 2023 14:56:55 +0500 ހީރަސްނިއުސް
    ހައިޑްރޯގްރަފީ އެއްބަސްވުން ދަމަހައްޓާނަން& ސަރުކާރު https://heerasnews.com/2101 https://heerasnews.com/2101 މުއިއްޒު ވެރިކަމަށް އަންނަން ވެގެން ޖެއްސި ޑްރާމާ ތަކުގެ އެއް އެޕިސޯޑަކީ ކަނޑުގެ ދިރާސާ ހެދުމަށް ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމެވެ.

    ހުވާކުރާ ދުވަހު ބާތިލް ކުރާނެކަމަށް އަޑުއަރުވާ ރައްޔިތުންނަށް އޮޅުވާލި މި ދެންނެވި އެއްބަސްވުން ވެސް އޭގެ މުއްދަތަށް އިންޑިއާއާއެކު ދަމަހައްޓަން މުއިއްޒު ސަރުކާރުން ނިންމައިފިއެވެ.

    ކޮންމެ އެއްބަސްވުމަކީ ވެސް މުއްދަތެއް އޮންނަ އެއްޗެކެވެ. މުއްދަތު ހަމަވުމަށް ފަހު އަލުން އާ ނުކުރާ ނަމަ އެއީ ނެތް އެއްބަސްވުމެކެވެ.

    މިހާރުގެ ސަރުކާރުން ނިންމާފައި ވަނީ އިންޑިއާ އާއި އެކު އޮތް އެއްބަސްވުން ބާތިލު ނުކޮށް ހަމަ އޮތް ގޮތަށް އިންޑިއާ އާއި އެކު ކުރިއަށް ގެންދާށެވެ.

    ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި މައްދާތައް ހައިޑްރޯގްރަފީ އެއްބަސްވުމުން އުނިކޮށްފައިވާ ކަމަށް ބުނެ ރައީސް އޮފީހުން ނޫސްވެރިން ކުރިމަތީ ދޮގު ހެއްޖަސް އެ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެއެވެ. ބަދަލެއް ނުވެސް ގެންނާނެއެވެ. 

    އިންޑިއާ އާއިއެކު މުއިއްޒު ބޭނުންހާ ސަކަރާތެއް ނުޖެހޭނެކަމަށް އިންޑިއާގެ އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވެއެވެ. އިންޑިއާ އާއިއެކު ރާއްޖޭން ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމަށް ގެނައި ބަދަލެއް މި ސަރުކާރަކަށް ނުދެއްކޭނެއެވެ. 

    އިންޑިއާ އާއި ރާއްޖެއާ ދެމެދު މަތީ ފެންވަރުގައި މަޝްވަރާ ކުރުމަށް އެކުލަވާލާ ކޮމެޓީ، އެކުލަވާލައި އެކޮމެޓީގެ ރަސްމީ އެއްވެސް ބައްދަލުވުމެއް ނުބޭއްވޭއިރު ހައިޑްރޯގްރަފީ އެއްބަސްވުމުން އަކުރެއްވެސް ކަނޑާލުމަކަށް ދިވެހި ސަރުކާރަށް ކެރިކުޅަދާނަ ވެގެންވާ ކަމެއްނޫނެވެ. އެއްބަސް ވުމަށް ބަދަލެއް ގެނަޔަސް ގެނެވޭނީ އިންޑިއާއިން ބޭނުން ވެގެން ގެންނަ ބަދަލެކެވެ. 

    ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީނު މިނިވަން ކުރިހެން، ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ބޭލިހެން ހައިޑްރޯގްރަފީ އެއްބަސްވުން ވެސް އެތިބީ ބާތިލުކޮށްގެންނެވެ. ހަގީގަގަތަކީ މުއިއްޒު ކުރިން ބުނި ހުރިހާ އެއްޗެއްވެސް ވެރިކަން ލިބުމުން ކެންސަލް ވުމެވެ. ހައިޑްރޯގްރަފީ އެއްބަސްވުމާ ގުޅުވައިގެން ވެސް މުއިއްޒު ސަރުކާރުން ހަދަނީ ދޮގެވެ.

    ]]>
    Thu, 14 Dec 2023 15:47:50 +0500 ހީރަސްނިއުސް
    މުނޫ އާއިއެކު އެއްދާން ކުރަންވެސް ކަމުހިގައްޖެ! https://heerasnews.com/2097 https://heerasnews.com/2097 ރާއްޖޭގައި އިންޑިއާ ސަފީރަކަށް މިއަދުވެސް އެހުންނެވީ މުނޫ މަހާވަރެވެ. ރައީސް މުއިއްޒު ސަރުކާރުގެ ވަޒީރުން އިންޑިއާ ސަފީރާ ހޭނު ބަހައްޓާ އެގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. ހޮދު ސަފީރު އިސްނަވައިގެން ވެސް ބައްދަލު ކުރެއްވުންތައް އެބަ ބޭއްވެއެވެ. 

    އިންޑިއާ ސަފީރާއި ރައީސް މުއިއްޒާއި ބައްދަލު ކުރައްވައިފިއެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓަރ ގައްސާން މައުމޫނާއި އިންޑީއާ ސަފީރު ބައްދަލު ކުރައްވައިފިއެވެ. ހާރިޖީ ވަޒީރު މޫސާ ޒަމީރާ ވެސް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ބައްދަލު ކުރައްވައިފިއެވެ. ދާހިލީ ވަޒީރު އަލީ އިހުސާނާ ވެސް އިންޑިއާ ސަފީރު ބައްދަލުކުރައްވައިފިއެވެ.

    ހަމަ ތެދެކެވެ. އެއީ ހަމަ އެ މުނޫ މަހާވަރެވެ. ދިވެހި ރާއްޖޭގެ ދިފާއީ މައި މަރުކަޒަށް ދާދިފަހުން ކާރުކޮޅުގައި ވެންނެވި އިންޑިއާ ސަފީރު މުނޫ މަހާވަރެވެ. ރައީސް ސޯލިހު ވެރިކަމުގައި ރާއްޖެއަށް ހާސްހާހުން އިންޑިއާ ސިފައިން އަރުވައިގެން ރާއްޖެ އަޅުވެތިކުރަން އުޅުނުކަމަށް ތުހުމަތު ކުރި މުނޫ މަހާވަރެވެ. ރާއްޖޭގެ ނޫސްތަކަށް ފައިސާދީގެން އޮބަހައްޓައިގެން އުޅުނު ކަމަށްކީ މުނޫ މަހާވަރެވެ. އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ ބޭހެއް ގާއިމުކުރަން އުޅުނު ކަމަށް ބުނި މުނޫ މަހާވަރެވެ. އައްޑޫގައި އިންޑިއާ ސިފައިންގެ މަރުކަޒެއް ހަދާ އެތަނަކީ ދިވެހި ސަރުކާރުގެ ބާރު ނުހިނގާ ތަނަކަށް ހަދައިގެން އިސްކޮށް އުޅުނު މުނޫ މަހާވަރެވެ. ކައްދޫގައި އިންޑިއާ އަޝްކަރީ ފައުޖުތައް ރުކުރުވާލި މުނޫ މަހާވަރެވެ. ތިލަދުން މަތީ ހަނިމާދޫ އިންޑިއާ ސިފައިންގެ އަޝްކަރީ ބޭހަކަށް ހަދަން އުޅުނު މުނޫ މަހާވަރެވެ. ރާއްޖޭގެ އުތުރާއި މެދާއި ދެކުނުގައި އިންޑިއާގެ އަޝްކަރީ ސިފައިންގެ ބޭސްތައް ހަދައިގެން ރާއްޖެ އަޅުވެތި ކޮށްގެން ގެންގުޅެން އުޅުނު މުނޫ މަހާވަރެވެ. 

    މިއްޔަކީ މަށަކު ދައްކާ ވާހަކައެއް ނޫނެވެ. ރައީސް މުއިއްޒު ވެރިކަމަށް އައުމަށް އުޅުނު އިރު އިދިކޮޅުގައި ތިބި އިރު ދެއްކި ވާހަކައެވެ. އެ ވާހަކަ ތަކުން ރާއްޖޭގެ ރައްޔިތުން ބިރުގެންނެވި ވާހަކަތަކެވެ. ގައުމީ ސަލާމަތެއް ބައިނަލް އަގުވާމީ ގުޅުމެއް ވެރިކަމަށް އާދެވިއްޖެނަމަ ވެދާނެ ގޮތަކާ މެދު ފިކުރެއް ހިޔާލެއް ނެތި އިދިކޮޅުގައި ތިބެގެން މުއިއްޒުމެން ކާޅަށް ކޮށާ ކާންދިން ޑިޕްލޮމޭޓަކީ އިންޑިއާގެ ސަފީރު މުނޫ މަހާވަރެވެ. ކަމަކީ އެއީ ސިޔާސީ ކަމެކޭބުނެ ހަމަޖައްސާލެވޭ ވަރަށްވުރެ މާ ހައްސާސު ކަމެކެވެ.

    ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ގެއްލޭ ވަރަށް އިންޑިއާއިން ރާއްޖެއަށް އަތްގަދަކޮށްފައި ވާކަމަށް ބުނަމުން ދިޔަ މީހުން މިހާރު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. މުއިއްޒުމެން އެބުނި ވަރަށް އިންޑިއާއިން ރާއްޖެއަށް އަތްގަދަކޮށްފައި އޮތުމުން، ހުވާކޮށް ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒުރުކޮށް ޑިޕޮލޮމެޓިކް އިމްތިޔާޒު ތަކުން ބޭރުކޮށް ސަފީރު މުނޫ މަހާވަރު އަނބުރާ ގައުމަށް ފޮނުވާލުމެވެ. އިންޑިއާ ސިފައިން ބޭރުކުރަން ޖެހޭނީ އޭގެ ފަހުންނެވެ. ވެރިކަމަށް އައުމުގެ ކުރީން މުއިއްޒު ވިދާޅުވިހެން އިންޑިއާ އައުޓް ކުރުމަކީ " ނަން ނެގޯޝިބްލް" ކަމެކެވެ. 

    އެހެނެއް ކަމަކު ވެރިކަން ލިބުމާއެކު ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. ކުރިން ބުނި އެތި ކެންސަލް ވެއްޖެއެވެ. އިންޑިއާ އައުޓަކީ ނެގޯޝިބްލް ކަމަކަށް ވެއްޖެއެވެ. ވަޒީރަކަށް ފަހު ވަޒީރެއް އިންޑިއާ ސަފީރު މުނޫ މަހާވަރާ އެކު އެއްދާން ކުރަންވެސް ކަމުހިގައްޖެއެވެ.   

    ]]>
    Tue, 12 Dec 2023 13:23:37 +0500 ހީރަސްނިއުސް
    ދާމޫގަނޑުގައި ކަމެއްނެތަސް ކުރާ ހަރަދު ވަނީ ބޮޑު https://heerasnews.com/2093 https://heerasnews.com/2093 ދައުލަތުގައި ފައިސާ ނެތްކަމެއް ނޭނގެއެވެ. 2026 ވަނަ އަހަރާ ހަމައަށް އަންނައިރު ދައްކަން ބިލިޔަން ބިލިޔަނުން ދަރަނި އޮތްކަމެއް ނޭގެއެވެ. ދައުލަތަށް ބޭރު ފައިސާއެއް ލިބޭނެ ގޮތެއްގެ ވާހަކައެއް ހޯދާނެ ގޮތެއްގެ ވާހަކައެއް ނުދައްކައެވެ. އިގްތުސާދުގައި ދައުރުވާ ބޭރުފައިސާ އިތުރު ކުރާނެ ގޮތެއްގެ ވާހަކައެއް ނުދައްކައެވެ. ދައުރުވާ މަދު ބޭރު ފައިސާކޮޅު ފަތުއަޑުކިޔާފައި ބޭރުވުން ހުއްޓުވާނެ ގޮތެއްގެ ވާހަކައެއް ނުދައްކައެވެ. 

    ހަރަދު ކުޑަކޮށް ދަރަނި ތަކުން އަރައިގަންނަން އައި ސަރުކާރުން ހައްތަހާވެސް ދައްކަނީ ހަރަދު ކުރާނެ ގޮތްގޮތުގެ ވާހަކައެވެ. ބަހާ ސަގާފަތު މިނިސްޓްރީ ވަނީ ހެޔޮވަރުގެ ކޮލެޖަކަށް ބަދަލު ވެފައެވެ. މިނިސްޓަރަކީ ބަހުގެ ލެކްޗަރަރކަން ކުރުން ނޫން ކަމެއް ކުރަން ނޭނގޭ މީހަކަށް ވަންޏާ މިނިސްޓްރީ ވާނީ ކޮލަޖަކަށްތާއެވެ. އެ މިނިސްޓްރީގައި ސަރުކާރުގެ ޗާޕްހާނާއެއް ހަދަނީއެވެ. ސަގާފަތު ކޮލެޖެއް ހަދަނީއެވެ.

    އިސްލަމިކް މިނިސްޓްރީގައި އޮތްކަމަކީ ހައްޖު ކުންފުނި ހިންގުމާ ޒަކާތު ހައުސް ހަދައިގެން ހިންގުމެވެ. އެތާގައިވެސް އުފައްދާ ބޮޑުކުރަން އުޅެނީ ބިޔަ ބޮޑު ލައިބްރަރީއެކެވެ. މިނިސްޓަރު ލިޔާ ފޮތްތައް މާކެޓްކުރާނެ ތަނެއް ހުންނަންވާނެ ތާއެވެ. ޒަކާތާއި ހައްޖާއި ގުޅުވައިގެން ފައިސާގެ ގޭސް ގަޑެއް އެބުރުން ނޫން އަމާޒެއް މިބައި މީހުންގެ ނެތެވެ.

    ދިރިއުޅުމަށް ކުރިހާ މަސައްކަތުން ހައްޖަށް ދިއުމަށްޓަކާ ހައްޖު ކުންފުންޏަށް ފައިސާ ދައްކައިގެން އެތައް ސަތޭކަ ބަޔަކު ވެއިޓިންގ ލިސްޓްގައި އެބަތިއްބެވެ. ހައްޖަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ، ފައިސާ ދައްކައިގެން ތިބި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދޮށީ މީހުންނެވެ. ވޭޓިންގ ލިސްޓުގައި 2030އާއި ހަމައިގައި ޖެހޭވަރަށް ވެއިޓިންގައި ތިބި މީހުން އެބަތިބި ކަމަށްވެއެވެ. އެހާތަނަށް އުމުރު ދަންމަވާ ލެހެއްޓެވިއްޔާ އެއީ ބޮޑު ރަހުމަތެކެވެ. ވެއިޓް ލިސްޓް އެހާވަރަށް އޮއްވާ ސަރުކާރުން ހިލޭ އެހީގައި ކޮންމެ އަހަރަކު 50 މީހުން ގެންދަން ޖެހުމުން ލިބޭ ކޯޓާގެ ނިސްބަތުން ވެއިޓް ލިސްޓުން ކުރިއަށް ޖެހުމަށްވުރެ ފައިސާ ދައްކައިގެން ވެއިޓް ލިސްޓްގައި ތިބި މީހުން ލިސްޓުގައި ފަހަތަށް ޖެހުން ނޫން ކަމެއް ނުވާނެއެވެ.

    ތެލެސީމިއާ ހޮސްޕިޓަލެއް ވެސް  އަޅަނީއެވެ. ބޯންމެރޯ ހެދުމާ އެކަމަޑޭޝަނާއެކު އެންމެ މިޒަމާނުގެ ހޮސްޕިޓަލެއް ހެދުމަކީ ވަކީން ކުޑަ ހަރަދަކަށް ނުވާނެއެވެ. ކަމަކީ މުހިންމު ކަމެކެވެ. ކުރަން ކިތަންމެހާ ވެސް ބޭނުން ކަމެކެވެ. އެކަމަކު ދާމޫ ގަނޑުގައި އެހާ ވަރު އެބަހުރިބާއެވެ.  

    ރައީސް ސޯލިހު ސަރުކާރުން ދުނިޔޭގެ ގައުމުތަކުގައި އެމްބަސީތައް ހުޅުވާތީ އެކަން ކުށްވެރި ކުރަމުން ވެރިކަމަށް އައިސް ފުރަތަ ދިޔަ ގައުމުގައި މުއިއްޒު އެމްބަސީއެއް ހުޅުވަން ކަނޑައެޅީއެވެ. ރާއްޖޭގެ އެމްބަސީއެއް ނެތް ގައުމަކަށް އޮޅިގެންވެސް މުއިއްޒަށް ނޭރިއްޖެއްޔާ ކަލާކޯއެވެ. އެގައުމަކުން ފައިބާނީ އެންބަސީއެއް ހުޅުވާން ނިންމާފައެވެ. ހަމަ ގައިމުވެސް ކުރިން ހުޅުވާފައި ހުރި އެއްވެސް އެންބަސީއެއް އަދި ބަންދެއް ނުކުރެއެވެ. ހަރަދު ބޮޑު ފޮރިން ސާރވިސް ހިދުމަތުގެ ހަރަދު އިހުނަށްވުރެވެސް މުއިއްޒު މިކޮށްލީ ބޮޑެވެ. ފޮރިން މިނިސްޓްރީގައި ޑަބަލް މިނިސްޓަރުން ތިބޭހެން ފޮރިން ޕޮލިސީގައި ވެސް މުއިއްޒު މިގެންގުޅެނީ ޑަބަލް ސްޓޭންޑަރޑެވެ. 

    އާސަންދައަކީ ދައުލަތަށް އޮތް އެންމެ ބޮޑު އެއް ބުރައެވެ. ކޮންމެ އަހަރަކު ސަޕްލިމެންޓްރީ ބަޖެޓެއް ހަދައިގެންނޫނީ އާސަންދައިގެ ހަރަދު ތަކަކީ ދެކޮޅު ޖެއްސޭ ކަމަކަށް ނުވެއެވެ. ދައުލަތަށް ބޮޑު ބުރައަކަށްވެ އަލުން އިންތިޒާމްކޮށް އެހެން ވިސްނުމަކަށް ދާންޖެހިފައި އޮތް އާސަންދައަށް އިންތިހާ ދަރަޖައިގެ އަގުބޮޑު ހިދުމަތްތަކެއް ތައާރަފް ކުރުމުގެ ވާހަކަ ދައްކާ ފުރިހަމަކޮށް ނުދެވޭވަރުގެ އުންމީދުތަކެއްދީ ރައްޔިތުން ޅޮސް އުދޯއްޔަށް އަރުވަން އުޅޭ އިރު ހީވަނީ އަދިވެސް އުޅެނީ ރިޔާސީ ކެންޕޭނެއްގައި ހެންނެވެ. 

    ]]>
    Sun, 10 Dec 2023 20:06:23 +0500 ހީރަސްނިއުސް
    ދިވެހިންގެރާއްޖެއަށް ފިޔާ މުހިންމެއް ނޫން https://heerasnews.com/2090 https://heerasnews.com/2090 ފިޔައާ ނުލައި ދިވެހިންގެ ރާއްޖޭގައި ދިރިނޫޅެވޭންވީ ސަބަބެއް ނެތެވެ. އެއްވެސް ދިވެެއްސަކު ދުނިޔެއަށް އުފަންވަނީ ފިޔައެއް ނުވަތަ އަލުތްވެެއްގައި އަނގަޖަހައިގެން ބޯން އޮވެއެެއް ނޫނެވެ. ގައުމިއްޔަތުގެ ދިފާޢުގައި ދިވެހިން ފިޔާ ކެއުން ހުއްޓާލަން ވިޔަސް އެކަން ކުރާނެއެވެ.

    ދިވެހިންނަކީ ވަކިކަމެއް ވަކި ވަރަކަށްވުރެ ބޮޑަށް ހައްދު ފަހަނަ އެޅީމާ ހިމޭނުން ތިބެން އުނދަގޫ ބައެކެވެ. 

    ހުސްގޮނޑިކޮޅެއް ދައްކައިގެން ވެރިކަން ހޯދީކަން ރޭކާ ލުމާއެކު ސަރުކާރުގެ ބޭފުޅުން ވަޑައިގަންނަވާ ކޮންމެ ރަށަކުން ހުސްގޮނޑި ކޮޅު ނުކުމެ ވަޑައިގެން އެބަ މަރުހަބާ ވިދާޅުވިއެވެ. ދެން އޮތީ ފިޔާ ކެއުން އުމުރަށް ހުއްޓާލައިގެން ދިވެހިން ނުކުމެ ގައުމިއްޔަތު ފެންފޮދަކާނުލާ ދިރުވުމުގެ މަރުހަލާއެވެ.

    އިންޑިއާ އަކީ ދުނިޔޭގެ އެންމެ މީހުން ގިނަ ގައުމެވެ. އެ މީހުން ކައިފައި ގައުމުން ބޭރަށް އެކްސްޕޯރޓް ކުރަން ބާކީ ނުވާ ފަހަރު އާދެއެވެ. އަމުދުން މޫސުމީ ގޮންޖެހުންތަކާ ގުޅޭ ދަނޑުވެރި ބާވަތްތައް ހަމަ އެކަނި އިންޑިއާގެ އެތެރޭގެ ބޭނުން ތަކަށް ފުދޭ ވަރަށް ނުހެދޭ ހާލަތު މެދުވެރިވެއެވެ. 

    އެފަދަ ހާލަތުގައި މިހާރު ފިޔާއަށް ވެފައިވާ ގޮތް ހަވާދާ ގޮވާމާ ބިހާ އަލުތްވައް ވެސް ވެއެވެ. ވަކި މުއްދަތަކަށް އެ ބާވަތެއް އެކްސްޕޯރޓް ކުރުން އިންޑިއާ އިން މަނާ ކުރެއެވެ. މިހާރު މިއީ ދުވަސް ކޮޅަކަށް އެއްވެސް ގައުމަކަށް އިންޑިއާއިން ފިޔާ އެކްސްޕޯރޓް ކުރުން މަނާ ދުވަސް ކޮޅެކެވެ.

    މިގޮތަށް މީގެ ކުރިން މަނާ ކުރިއަސް ރާއްޖެއަށް ބޭނުންވާ ވަރަށް އިންޑިއާ އިން ހުރިހާ ބާވަތެއް ވެސް ރާއްޖެއަށް ލިބޭ ގޮތް ހަދައިދެއެވެ.

    ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެ ގެނައި އިންޑިއާ ހެލިކޮޕްޓަރެއް އޮވެއެވެ. އަދި ފަހުން ރައީސް ޔާމީނުގެ ކެބިނެޓްގައި ރައީސް މުޢިއްޒު އިންނަވައިގެން އިންޑިއާ އިން ގެނައި އިތުރު ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް ވެސް ރާއްޖޭގައި އޮވެއެވެ.

    މިތިން އުޅަނދުގެ ކަންކަމާ ގުޅޭ 77 އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ނިމިދިޔަ ސަރުކާރުން ބުންޏެވެ. މީގެ ކުރިން އިންޑިއާ އިން ބޭރަށް އެކްސްޕޯރޓް ކުރުން މަނާ ބާވަތްތައް ވެސް އިންޑިއާ އިން ރާއްޖެ ފޮނުވަނީ މިބުނި 77 މީހުން ކާކަށް ނޫނެވެ. އެ މީހުން ރާއްޖޭގައި ތިބެގެން ކުރާ ކަމަކީ އިމަރޖެންސީ ހާލަތުތަކާ، ސަރަހައްދު ބެލެހެއްޓުމުގައި ދިވެހި ސިފައިންނަށް އެހީތެރި ވުމެވެ.

    އެކަމަކީ ދުނިޔޭގައި ނެތްވަރުގެ ނުބައި ކަމަކަށް ވެގެން ރާއްޖޭގެ 54 އިންސައްތަ ރައްޔިތުން ވޯޓުދިނީ އިންޑިއާ އައުޓް ކުރާށެވެ.

    އިންޑިއާ އައުޓް ކުރަން އަލަށް އައި ސަރުކާރުން ކުރީ ސަރުކާރުން ނެރުނު އިންޑިއާ އައުޓް މަނާ ކުރާ ގަރާރު އުވާލާކަށް ނުކެރުނެވެ. ނުވިތާކަށް އިތުރަށް އިންޑިއާ އާއި ގުޅުން ބަދަހި ކުރަން އަތް ދިއްކޮށްފިއެވެ. ބްރިޖްގެ މަސައްކަތް ވެސް މިހާރު އޯކޭއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމެއް ތިބިވަރެއް އަދި އަދަށް ވެސް ސާފުވި ކަމަކަށް ވެސް ނުހެދިއެވެ.

    ފިޔާ ވެސް ބިސް ވެސް އަލުވި ވެސް އިންޑިއާ އިން ރާއްޖެއަށް ދޭނެއެވެ. އެކަމަކު ސަލާމަށް ދިއްކޮށްފަައި ހުރި އަތަށް މިފަހަރު ލޮލުން އަލި ދާވަރަށް ފިތާލާނެއެވެ. އިންޑިއާ ދާނީ އިންޑިއާ ދާން ބޭނުން މަގުންނެވެ. އެ މީހުން ރާއްޖެ ހިފާކަށް ނޫޅެއެވެ. ގޮތް ހުސްވާނީ ހަމަ މުއިއްޒަށެވެ. 

    ގައުމިއްޔަތޭ އިސްތިގުލާލޭ ކިޔައިގެން ޖާހިލިއްޔަ ޒަމާނުގެ ގަބީލާތައް އުޅުނު ގޮތަށް، ނެތްވަރުން ފުއްޕާފައި ދިވެހިންގެ ރާއްޖޭގައި މިއުޅޭ މީހުންގެ އަނގަމައްޗަށް އިންޑިއާއިން ބިހާއި ފިޔައާއި އަލުވި ޗަސްކުރާތަން ބަލަން ތިބޭށެވެ.

    މި ޒަމާނުގައި ދުނިޔެ ހިނގާ ގޮތް ނޭނގުނަސް މާއެނގޭ ހެދި، ކާށިފޮއްޗަކާ ލައިގެން ކާލާނެ މަސްކޮޅެއް ފޫކޮޅުގައި ނެތްއިރު ލައްކައެކޭ ހީވެގެން ފުއްޕީމާ ޖެހޭ ދުއްޕާން އެންމެންނާ ލައިގަނެއެވެ.

    ]]>
    Sun, 10 Dec 2023 15:32:29 +0500 ހީރަސްނިއުސް
    ސާޖީއަށް: ފަސްޓްލޭޑީކަން ދޫކޮށް ސިވިލްސާވަންޓަކަށް ބަދަލުވޭ! https://heerasnews.com/2083 https://heerasnews.com/2083 ގިނަ ދުވަހަށް ފަރުވާ ކުރަންޖެހޭ ފިރިޔަކު ހުރި އަންހެން މުއައްޒަފަކު އެދިގެން ފިރިމީހާއަށް ބޭސްކުރަން ރާއްޖޭން ބޭރަށް ގޮސް ހުންނަން ދިގުމުއްދަތުގެ ނޯޕޭ ލީވެއް ނުދެއެވެ. އަމިއްލަ ހަރަދުގައި ނުވަތަ ސަރުކާރުގެ ލޯނު ސްކީމްގެ ދަށުންވެސް ކިޔަވާންދާން ނޯޕޭ ލީވެއް ނުދެއެވެ. ޖެހެނީ ކެނޑިގެން ދާށެވެ. އެކަމަކު މަހާރެހެންދި ވީމާ އުސޫލު ހަދައިގެން 5 އަހަރަށް ލީވް ދެވެއެވެ. ސިވިލް ސާރވިސްގެ މުއައްޒަފުންގެ މައްޗަށް ހިނގާ ހުރިހާ އުސޫލެއް ނުހިނގާ ވަކިމީހަކު ސިވިލް ސާރވިސްގެ މުއައްޒަފެއްގެ ގޮތުގައި ނުހުރެވޭނެއެވެ.

    ކޮރަޕްޝަން ފެށެނީ އުސޫލުން ބޭރުން ކަންކަން ކުރަން އުޅޭތީ ކަމަށް ރައީސް އިއްޔެވެސް ވިދާޅުވިއެެވެ. ވަކި މީހަކަށް ހާއްސަ ކޮށްގެން އުސޫލު ހެދުން ކޮރަޕްޝަނަށް ނުވޭހެއްޔެވެ.

    ރައީސްގެ އަނބިކަބަލުންނަށްޓަކާ ވަކި ގޮތަކަށް ސިވިލް ސާރވިސްގެ އުސޫލު ބަދަލު ކުރަން ޖެހުމަކީ ސިވިލް ސާރވިސްއަށް ރައީސްގެ އަނބިކަނބަލުން ނުފޫޒު ފޯރުވުމަށް ފުރުސަތު އޮތްވަރު ހާމަ ވެގެންދާ ކަމެކެވެ. 

    ރައީސުލް ޖުމްހޫރިއްޔާގެ އަނބި ކަބަލުންނަކީ ވަޒީފާގެ ގޮތުން އެހެން މީހެއްގެ ކިޔަމަނުގެ ދަށުގައި ހުންނަ މީހަކަށް ވެއްޖެނަމަ ވެދާނެ ގޮތްތައް ވެސް ބައިވަރެވެ. ފަސްޓް ލޭޑީއަކީ ސިވިލް ސާރވިސް މުއައްޒަފެއް ނަމަ އޭނާ ވަޒީފާގެ ގޮތުން ކިޔަމަންތެރިކަން އަދާ ކުރަންޖެހޭ މީހުން ތިބޭނެއެވެ. ފަސްޓް ލޭޑީއަކީ އެފަދަ މީހަކަށް ވެއްޖެ ނަމަ ވެރިއަކު ބޭނުން ވެއްޖެ ކޮންމެ ކޮންމެ ވަގުތެއްގައި ރަސްމީ މަސައްކަތުގައި ފަސްޓް ލޭޑީ ބިޒީ ކޮށްލުވައިގެން ގެންގުޅެވި ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާ އެތައް ކަމެއް އަނބިކަބަލުން ނެތިގެން ނުކުރެއްވި ހުންނަވަން ޖެހި ވަޑައިގަތުން ގާތެވެ.

    ފަސްޓް ލޭޑީ ނުވަތަ މަހާރެހެންދިއަކީ ރަމްޒީ ބޭފުޅެކެވެ. ސަރުކާރު ހިންގުމުގެ އެއްވެސް ކަމެއްގައި އަމަލީ ގޮތުން އުޅުއްވަން ޖެހި ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާއަށް ކަނޑައަޅާފައި އޮންނަ މުސާރައިގެ %33 އަށްވާ އަދަދަށް މާލީ އިނާޔަތު ލިބި ވަޑައިގަންނަވައެވެ. މަހާރެހެންދިއަށް ވީތީއެވެ.

    މިހާރު ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ދިވެހި ދައުލަތުން 33333.33ރ އިނާޔަތުގެ ގޮތުގައި ލިބި ވަޑައިގަންނަވާނެއެވެ. އެއްޔަކީ ކޮންމެ މީހެއްގެ އަނތްބަކަށް ދޭއެއްޗެއް ނޫނެވެ.

    ދައުލަތުން އެވަރުގެ އިނާޔަތެއް ރައީސްގެ އަނބިކަނބަލުންނަށް ދެނީ އެހެން ވަޒީފާއެއް އަދާ ނުކުރުވުމުގެ ބޭނުމުގައެވެ. ރައީސަށް ހުސްވެގެން ހުރުމަށް ބާރު އެޅުމަށެވެ. މަސްލަހަތު ފުށުއެރުމަށް ޖާގަ ނުދިނުމަށެވެ. ނުފޫޒުން އެއްކިބާ ކުރުވުމަށެވެ. އެއްވެސް ވަގުތެއްގައި ރައީސް ނޫން އެހެން މީހަކަށް ބޯލަނބާލިޔަ ނުދިނުމަށެވެ. ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިބަތާއި ކަރާމަތް ހިފެހެއްޓުމުގެ ނިޔަތުގައެވެ. 

    މަހާރެހެންދީގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ސިވިލް ސާވިސްގެ މުއައްޒަފެއްގެ ގޮތުގައި އަމަލީކޮށް އުޅުއްވުމަކަށް ފުރުސަތެއް ހަގީގަތުގައި ނެތެވެ. ފަސްޓް ލޭޑީއަށް ވުމުން އެއްޔަކީ ސިވިލް ސާރވަންޓެއް ނޫނެވެ. އެއްވެސް ސިވިލް ސާވަންޓަކަށް ވަކި މީހެއްގެ އަނތްބަކަށް ވުމުން ދައުލަތުން ބޮޑު އިނާޔަތާއި ސެކިއުރިޓީ ދޭންޖެހޭ ގޮތަކަށް ނޯވޭ ނޫންތޯއެވެ.

    ޖައްވުގައި އުޅެންޏާ އުޅޭނީ ޖައްވުގައެވެ. ޖައްވުގައި އުޅެމުން ބިމަކު ނޫޅެވޭނެއެވެ. ބިމުގާ އުޅެން ބޭނުމިއްޔާ ޖެހޭނީ އެނބުރި ބިމަށް އަންނާށެވެ. ސާޖިދާއަށް ވިޔަސް އޮންނާނީ އެގޮތެވެ. ފަސްޓް ލޭޑީކަން ދޫކޮށް ސިވިލް ސާވަންޓަކަށް ވުމުގެ އިހުތިޔާރު ސާޖިދާއަށް ފުރިހަމައަށް އެބައޮތެވެ. އެހާ ބޮޑަށް ބޭނުންފުޅު ވަންޏާ އަވަހަށް ފަސްޓް ލޭޑީކަން ދޫކޮށްލައްވާ ސިވިލް ސާރވަންޓަކަށް ބަދަލުވެ ވަޑައިގަންނަވާށެވެ. ފަސްޓް ލޭޑީ ވާން ބޭނުން ބައިވަރު މީހުން އެބަތިއްބެވެ. އެއިން މީހަކަށް އަވަހަށް އެ ފުރުސަތު ދެއްވާށެވެ. 

    ]]>
    Fri, 08 Dec 2023 19:05:27 +0500 ހީރަސްނިއުސް
    މުއިއްޒު އަޒުލް ކުރަންޖެހޭވަރުގެ އިއުތިރާފެއް! https://heerasnews.com/2078 https://heerasnews.com/2078 ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބޭރުގައުމެއްގެ ސިފައިންގެ ބަޔަކު އަޑިނޭނގޭ އެއްބަސްވުން ތަކެއްގެ ދަށުން ރާއްޖޭގައި ތިބުމެވެ. އެ ތުހުމަތު ރައީސް ސޯލިހުގެ ސަރުކާރަށް އިދިކޮޅު ވާދަވެރިން ވަރަށް ބޮޑަށް ކުރިއެވެ. އިދިކޮޅުން ކުރަމުން އައި ތުހުމަތުތަކަށް ކުރީގެ ސަރުކާރުން ބުނަމުން އައީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ރާއްޖޭގައި އެއްވެސް ގައުމެއްގެ އަޝްކަރީ ބަޔަކު ނެތްކަމަށެވެ.

    އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އޭގެ ކުރީގެ ސަރުކާރު ތަކުން ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ގެނެސްފައިވާ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ފްލައިޓެއް ރާއްޖޭގައި އޮންނަ ކަމަށް ރައީސް ސޯލިހު ސަރުކާރުން ބުނަމުން ދިޔައެވެ. އިންޑިއާއިން ގެނެސްފައިވާ ވައިގެ އެ ތިން އުޅަނދު ދުއްވާ ބެލެހެއްޓުމަށް ތިބި 75 މީހުން ނޫން ބޭރު ގައުމެއްގެ އަޝްކަރީ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ވެސް ކުރީގެ ސަރުކާރުން ބުނަމުން ދިޔައެވެ. ކުރީގެ ސަރުކާރުން ބުނަމުންއައީ އެމީހުން ރާއްޖޭގައި ތިބެގެން ކުރާކަމަކީ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން ތަކުގައި ދިވެހި އަޝްކަރިއްޔާއަށް އެހީތެރިވެދިނުމެވެ.

    އިންޑިއާއިން އައިސްތިބި މަދު ސިފައިންކޮޅެއް ރާއްޖޭގައި ތިބީ ރާއްޖޭގެ ސިޔާދަތާއި މިނިވަން ކަމަށް އިހުތިރާމް ކޮށްގެންނެވެ. އެމީހުން ރާއްޖޭގައި ތިބީ އަޝްކަރީ ބޭނުމެއްގައެއް ނޫނެވެ. ރާއްޖެ ހިފާ އަޅުވެތި ކުރުމަކަށް ވެސް ނޫނެވެ. ރާއްޖޭއަށް އެހީތެރި ވެދޭށެވެ. ކަމުގެ ހަގީގަތް ކޮންމެހެނެއް އޮތަސް ވަރިހަމަތާއެވެ. ޑރ. މުއިއްޒު އެހުރީ އިންޑިއާ އައުޓްކުރަން ވެރިކަމަށް އަރައެވެ. 

    ޑރ. މުއިއްޒަކީ މިވަގުތު ދިވެހިރާއްޖޭގެ ސިފައިންގެ އެންމެ މަތީވެރިޔާއެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ރާއްޖޭގައި ތިބި ބޭރު ސިފައިންގެ އަދަދެއް ނޭނގޭކަމަށް ބުނެފިއެވެ. މުއިއްޒަށް ރާއްޖޭގައި ތިބި ބޭރު ސިފައިންގެ އަދަދު ނޭނގޭކަމަށް ބުނީ ނޫސްވެރިންނާ ބައްދަލުކޮށް ރައީސް އޮފީހުގައި ހުރެއެވެ. ސިފައިންގެ އެންމެ މަތީވެރިޔާއަށް ވާނުވާ ނޭނގޭ ގޮތެއްގައި ރާއްޖޭގައި ހިދުކޮޅަކަށް ވެސް އަޝްކަރީ ބަޔަކަށް ނުތިބެވޭނެއެވެ. ވެރިކަމާ ހަވާލުވާ ސުން ސިކުންތުގައި އެ މައުލޫމާތު ހުންނާނީ ލިބިފައެވެ.

    ރާއްޖޭގައި ބޭރުގެ އަޝްކަރީ ބައަކު ތިބި ތަނަކާ ކުރާކަމަކާ ތިބި އަދަދެއް ނޭގެންޏާ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުން ޑރ. މުއިއްޒު އެހުރީ ފޭލިވެފައެވެ. ގައުމީ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދެވޭ ވަރުގެ މީހަކަށް މުއިއްޒު ނުވިއެވެ. މުއިއްޒަށް ނޭނގި ކޮންމެ ކަމެއްވެސް ކޮންމެ ވަގުތެއްގައި ވެސް ހިނގުމަކީ ދުރުކަމެއް ނޫނެވެ. ހަނގުރާމަ އިއުލާނުކުރުމާއި އަމާން ދިނުމުގެ ބޮޑު ޒިންމާ ބޮލުގައި އަޅައިގެންހުރެ ސަލާމަތާ ގުޅުން ހުރި ކަންކަން ނޭނގުމަކީ މަގާމުން އިސްތިއުފާ ދޭން ޖެހޭވަރުގެ ކަމެކެވެ. ގައުމީ ސަލާމަތަށް މިވަގުތު އެންމެ ބޮޑަށް ނުރައްކާ އޮތް ކަމެއް ކަމަށް ބުނެ ހައްލު ކުރުމަށް ވެރިކަމަށްއެރި އެންމެ ހައްސާސް މައްސަލައިގެ ސައްހަ މައުލޫމާތު ދައުލަތާއި ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސްޔަތުން މުއިއްޒަށް ނޭނގޭ ކަމަށް ބުނުމުން ޖެހޭނީ އަޒުލު ކުރާށެވެ. 

    ]]>
    Wed, 06 Dec 2023 13:46:33 +0500 ހީރަސްނިއުސް
    ދޭންބުނި ދެލައްކައިން 89ހާސް މުއިއްޒު ކަބަޑަށް ޖަހާލައިފި! https://heerasnews.com/2077 https://heerasnews.com/2077 ރިޔާސީ އިންތިހާބުގެ ކެންޕޭނު ތެރޭގައި މުއިއްޒު ޅޮސް އުނދޯއްޔަށް އެރުވި އެއްބަޔަކީ ހިޔާފްލެޓް ތަކުގައި ދިރިއުޅޭ މީހުންނެވެ. ހިޔާފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު އިންޓީރިއާ މަސައްކަތް ހުރީ މުޅިން ނުނިމެއެވެ. އިންޓީރިއާގެ މަސައްކަތް ނުނިންމާ ސަރުކާރުން ފްލެޓްތައް ދޫކުރީ ތަނުގައި ދިރިއުޅޭ މީހުންނަށް އެ މީހުން ބޭނުންވާ ގޮތަކަށް އިންޓީރިއާ ހެދުމަށް ފުރުސަތު ދިނުމަށެވެ. 

    އެހެން ކަމުން ފްލެޓް ތަކުގެ އިންޓީރިއާ ނިންމުމަށް ފްލެޓް ލިބުނު ފަރާތްތަކުން ހަރަދު ތަކެއް އޭރު ކުރަން ޖެހުނެވެ. އެހެން އެކަން އޮތުމުން ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި އެމީހުންގެ ވޯޓު ހޯދުމަށްޓަކާ ހިޔާ ފްލެޓްތަކުގެ އިންޓީރިއާ ނިންމުމަށް ކުރި ހަރަދު ދޭނެކަމަށް މުއިއްޒު ވައުދުވިއެވެ. އެގޮތުން ކޮންމެ ފްލެޓަކަށް ވެސް ދެލައްކަ ރުފިޔާ ދޭން ވައުދުވިއެވެ. 

    މުއިއްޒަށް ވެރިކަން ލިބުމުން ވައުދެއްގެ ގޮތުގައި ދޭންބުނި ދެލައްކަ ރުފިޔާ ދެވެން ނެތްކަމަށް ސަރުކާރުން ބުންޏެވެ. ހިޔާ ފްލެޓް ތަކަށް ދޭނެކަމަށް މުއިއްޒު ބުނި ދެލައްކަ ރުފިޔާ ދެވެންނެތް ކަމަށް ސަރުކާރުން ބުނުމުން ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވީ ތިޔަހެނެއް ނޫނެވެ. އެންމެ ފަހުން ކެތް ނުވެގެން މުއިއްޒުގެ ހޮޅި ވައުދު ކުއްޔާ ލާޖައްސާ އެ ދެލައްކައަކީ ކުލިން ކެނޑޭ އެއްޗަކަށް ހަދައިފިއެވެ. 

    "އޭރު އެދިޔަ އަދަދު ބަލާފަ. ހަމަ އެ އަދަދަށް އެޗްޑީސީން ލޯނެއް ނަގައިގެން ރައްޔިތުން އަތުން ދިޔަ ހަރަދު އެވްރެޖްކޮށްފަ. ވަކިއަދަދެއް ކަނޑައަޅާފަ، ވަރަށް ސާފުކޮށް މިދަންނަވަނީ އިނގޭތޯ. އެވްރެޖް އަގެއް ދޭނަމޭ އަނބުރާ." ކެންޕޭނުގައި މުއިއްޒު ބުންޏެވެ. މުއިއްޒު އެ ވައުދުގެ ދަށުން ކޮންމެ ފުލެޓަކަށް ދޭން ކަނޑައެޅީ ދެލައްކަ ރުފިޔާއެވެ. އެހެން ނަމަވެސް މިއަދު އެ ހަމަޖެއްސީ އެ ފައިސާ ނުދީ ކުލިން ކަނޑާށެވެ. 

    ކޮންމެ މަހަކު ފްލެޓްތަކަށް މިހާރު ދައްކަނީ -/5300ރ އެވެ. ކޮންމެ ފްލެޓަކަށް ދޭން ބުނި ދެ ލައްކަ ރުފިޔާއާއި އަޅުވާ ކުލި ކުޑަކޮށް 7 އަހަރު ވަންދެން ކުލީގެ ގޮތުގައި ފޮލެޓަކުން ދައްކަން ޖެހޭނީ 3984.21ރ ކަމަށް މުއިއްޒު އެވަނީ މިއަދު ކަނޑައަޅާފައެވެ. މިއަދު މުއިއްޒު މިގެނައި ބަދަލުން ހަތް އަހަރު ވަންދެން ކޮންމެ ފްލެޓެއްގެ ކުލިން ކުޑަވެގެން އެދަނީ މަހަކަށް 1315.79ރ އެވެ. އެހެން ކަމަށް ވާނަމަ 1 އަހަރަށް ފްލެޓަކަށް ޖެހެނީ 15789.48ރ، އެވެ. މިރޭޓުން 7 އަހަރު ދުވަހަށް ފްލެޓަކަށް ޖެހެނީ 110526.36ރ. އެވެ. 

    މުއިއްޒު ވައުދުވީ ފްލޭޓަކަށް ދެލައްކަ ރުފިޔާ ދޭށެވެ. ހަތް އަހަރުގެ ކުއްޔާ ލާޖައްސައި އޮޅުވާލުމެއްގެ ތެރޭން ކޮންމެ ފްލެޓަކަށް 89473.64ރ. ނުދޭގޮތަށް ހަމަޖެއްސީ އެންމެންނަކީ އަދުރޭ ކައިރިން ހިސާބު ދަސްކޮށްގެން ތިބި ބައެއް ކަމަށް ހީކޮށް ހެއްޔެވެ. ދެލައްކަ ރުފިޔާއަށް ވާވަރު ހަތް އަހަރަށް ބަހާލިއްޔާ މަހަކު 2381.00ރ މަހު ކުލިން އުނިވާން ޖެހޭނެއެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. އެއްވެސް ކަމެއް މުއިއްޒުނުވާ ގޮތަކަށް ހޮޅިނުހޮއްލާ ކުރެވޭ ކަމަކަށް ނުވެއެވެ. 

    ]]>
    Tue, 05 Dec 2023 20:11:35 +0500 ހީރަސްނިއުސް
    ސަރުކާރު ވައްޓާލަން މަޖިލީހުގައި ގޮވާލައިފި https://heerasnews.com/2075 https://heerasnews.com/2075 ރައީސް މުއިއްޒުގެ ސަރުކާރުން އަނިޔާވެރިވާނަމަ ސަރުކާރު ވައްޓާލަން މަޖިލީހުގައި ގޮވާލައިފިއެވެ. ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރު ވައްޓަލަން ގޮވާލެއްވީ އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕަށެވެ. އެމްޑީޕީއަކީ ޕަލަމެންޓްގެ މެޖޯރިޓީ ޕާޓީއެވެ.

    ސަރުކާރު ވައްޓަލަން ގޮވާލުމުގެ އަޑު ގަދަވެފައި މިވަނީ ފެނަކައިގެ މުވައްޒަފުން ވަކިކުރަން ސަރުކާރުން މަސައްކަތް ކުރާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ފެނަކައިގައި ތިބި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލިމައްސަލައެއް ހުށަހަޅާފައެވެ. ފުވައްމުލަކުގެ މެދު ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ދީދީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ 33 މެމްބަރުންގެ ވޯޓުން މަޖިލީހަށް ވަނީ ބަލައިގެންފައެވެ.

    ކުއްލިމައްސަލައަށް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެފައިވަނީ މި ސަރުކާރުން އެކުލަވާލާފައިވާ ކެބިނެޓަށް މަޖިލީހުގެ ރުހުން ބޭނުންވާނަމަ، ރައްޔިތުން މަގާމުތަކުން ވަކިކޮށްގެން ނުވާނެ ކަމަށެވެ. އެއާއި އެކު ހުސައިން ވިދާޅުވީ   ރައްޔިތުންނާއި މެދު މިގޮތަށް އަނިޔާވެރިކޮށް އަމަލު ކުރަންޏާ މި ސަރުކާރު ނުބާއްވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ގޮވާލާ ކަމަށެވެ. 

    ސަރުކާރުން ފެނަކައިގައި ތިބި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ  ރުހުން ހޯދަން ފޮނުވާފައިވާ ވަޒިރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ދަނީ ދެއްވަމުންނެވެ.

    "އަޅުގަނޑުވެސް ގޮވާލަން ސަރުކާރަށް ތިކަންތައް ނުކުރައްވަން. ބައެއް މެމްބަރުންގެ އިހުސާސްތައް އެދަނީ ކޮޅުން ލައިގެން. އަޅުގަނޑުވެސް ބޭނުމެއް ނުވޭ ކެބިނެޓަށް ވޯޓު ނުދީ ހުންނާކަށެއް. އަޅުގަނޑު ވަރަށް ބޭނުން ކެބިނެޓަށް ވޯޓު ދޭން. އެހެން ނަމަވެސް މިކަހަލަ ކަންތައް މިތާނގަ ހިނގާ ކަމަށް ވަންޏާ ބައެއް މެމްބަރުން ޖަޒުބާތުގަ ޖެހޭނެ. އެހެން ޖެހުނީމަ އަޅުގަނޑުމެންނަށް ވެސް އުނދަގޫވާނެ." މެންބަރު އަހުމަދު ހަލީމް ވިދާޅުވިއެވެ. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވެސް އެ ވިދާޅުވީ  ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދެއްވަން ބޭނުންފުޅަސް ހުށަހެޅިފައިވާ ކުއްލި މައްސަލައިގައި ހިމެނޭ ކަންކަމަށް ބައްލަވާ ރުހުން ނުދެއްވަން  މަޖުބޫރުވެ ވަޑައިގެންފާނެ ކަމަށެވެ.

    މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ރާއީ ވިދާޅުވިގޮތުގައި ސަރުކާރަށް މަހެއްވެސް ނުވަނީސް އެމްޑީޕީ ސަރުކާރުން މަޝްރޫއުތައް ހިންގަން ނަގާފައިވާ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެމްޑީޕީ ސަރުކާރުން ވަޒީފާދީފައިތިބި  އެ މުވައްޒަފުން ވަކިކޮށްފައި ވަޒީރުންނަށް ރުހުން ހޯދަން ސަރުކާރުން އަންނަން ޖެހޭނީ ހަމަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހަށް ކަމަށެވެ. އެހެން ކަންތައް ކުރާނަމަ ވަޒީރުންނަށް   ރުހުން ނުދޭނެ ކަމުގެ އިންޒާރު ރާއީ ވަނީ ދެއްވާފައެވެ. "ކަނޑާލާ ކޮންމެ މުވައްޒަފަކަށް އަޅުގަނޑުމެން މި ތަނުން މިނިސްޓަރަކަށް ރުހުން ދިނުން ހުއްޓާލާނަން. އެކަން ނުކުރެވޭނެ. އެހެންވީމާ ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް އެއްވެސް ރަށެއްގެ މުވައްޒަފަކަށް އެގޮތަށް ކަން ކޮށްފި ނަމަ ރައީސް މުވައްޒަފުގެ ކެބިނަޓަށް ރުހުން ދޭކަށް ލާހިކެއް ކުޅަދާނައެއް ނޫން،" ރާއީ ވިދާޅުވިއެވެ.

    ]]>
    Tue, 05 Dec 2023 15:58:40 +0500 ހީރަސްނިއުސް
    ރައީސް މުޢިއްޒުގެ ޕްލާސްޓިކް ސަރުކޮރު https://heerasnews.com/2072 https://heerasnews.com/2072 ޑިމޮކްރަސީއޭ މިކިޔާ އެއްޗެއް ރާއްޖެއައި ފަހުން ވެރިކަން ބަދަލުވުމަކީ ރާއްޖޭގައި ފެންބޮއެފާ ވައެއްލުން ފަދަ އާދައިގެ ކަމެކެވެ. ބަދަލުވާ ކޮންމެ ވެރިކަމެއްގެ ފުރަތަމަ އަހަރު ، ދޮޅުއަހަރު އެ އޮންނަ އިދިކޮޅު ބަޔަކު މަޑުން ތިބެއެވެ. ކުރާނެ ތުހުމަތަކާ އަޅުވާނެ އިލްޒާމެއް ރާވާލާފައި އޭގައި ޖެއްސި ޖެއްސީނުން އިންތިޚާބުން ވެރިކަން ބަދަލު ކުރަނީއެވެ.

    އެންމެ ފަހުން ވެރިކަމުގައި ހުންނެވި އިބޫ ވޯޓުން ބަލިކޮށް ޑރ. މުއިއްޒު ވެރިކަމަށް ހޮވީ ވަކި ޚާއްޞަ ވައުދު ތަކެއް ހުރީމައެވެ. ވެރިކަމަށް ވަޑައިގަންނަވާ ގޮތަށް ރައީސް ޔާމީން މިނިވަން ކުރަން ވިދާޅުވިއެވެ. ނަމަވެސް އެންމެ އަވަހަށް ކުރެއްވި ކަމަކީ ރައީސް ޔާމީން ފެއަށް ޖެއްސެވުމެވެ.

    ޝަރުތަކާ ނުލައި އިންޑިއާގެ އެތައް ހާސް ސިފައިން ބާލާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހުވާ ކުރެއްވި ފަހުން އިންޑިއާ ސިފައިން ތިބިތޯ ނޫންތޯ ވެސް ރައިސް މުއިއްޒަށް ޔަގީން ހެންނެއް ހީއެއް ނުވެއެވެ. މިހާރު ބާރުލާފައި ވިދާޅުވަނީ ދެ ހެލިކޮޕްޓަރާ ޑޯނިއާ ވެސް ނުގެންގޮސް އިތުރަށް އިންޑިއާ އާ ގުޅުން ވަރުގަދަ ކުރާ ވާހަކައެވެ.

    އިންޑިއާ ސިފައިން އުތުރި އަރަނީ ކަމަށް ސިފަކުރި އުތުރު ތިލަފަޅު ހިއްކާ މާލޭ ރަށްވެހިންނަށް ގޯތި ދޫކުރަން ރައީސް ޞޯލިޙް ނިންމެވި ނިންމެވުން ބަދަލުކޮށް އުތުރުތިލަފަޅު މިހާރު ވެސް އޮތް ގޮތަކަށް ބާއްވާ އަޑު ގަދަވެއްޖެއެވެ. މާބޮޑަށްވެސް އިންޑިއާ އާއި ގުޅުން ވަރުގަދަ ވަނީ ތޯއްޗެެކެވެ.

    ސަރުކާރުގެ ޚަރަދު ކުޑަކުރަން ވަޑައިގަތް މުއިއްޒު ހުވާގެ 3 ފޮޅުވަތް ވިދާޅުވަން ބައިގަޑިއިރުން ބާވީސް މިލިއަން ބާދަގަނޑަށް ތަޅާލީ ރައްޔިތުން ބަލަބަލާ ތިއްބައެވެ.

    ޢާއިލީ މަގާމޭ ވިދާޅުވި އިރު ހައްދުންމަތީ ޢަބްދުއްރަހީމަށް އެކަނި ބަލާލިޔަސް ޢާއިލީ މަގާމުތައް ހުރީ ހައްދުންނެއްޓި، ގަނޑުކޮށް ބިޔަކޮށް ޑަޒަނުން އަދި ކޭސް ހުރިގޮތަށް ހޯލް ސޭލްކޮންނެވެ.

    ޢާއިލީ ބޭފުޅެއް ވިއްޔާ ވަޒީރުން ފެންވަރުގެ މުދިމުންނެވެ. ސިޔާސީ މަގާމަށް އަޑުކިޔާ ބައެެއް މީހުން މަގާމަށް ލުމުގެ ކުރިންނާ ފަހުން ސަރުކާރުގެ ދެފުއް ފެންނަ ވަރުން އެމީހުންގެ ބަރަހަނާއާ ހެދި ސޯޝަލް މީޑިއާއަށް ލޯ ދިއްކޮށްލަން ނުކެރެއެވެ.

    ހުވާ ކުރުމާ އެކު މާރާމާރީތައް ފެށި މީހުންތައް ކޮށާ ލެޔާ ތަތްތެޅެން ފަށައިފިއެވެ. 

    މޭގައި އަތް އަޅައިގެން ގައުމީ ސަލާން ކިޔަމުން ވެރިކަން ކުރެވޭނޭ ހިތާ ފެށިވެރިކަމަށް 3 ހަތްދުވަސްވީ އިރު ރައްޔިތުން މިތިބީ ހެދުނު ކޮހުގެ ބޮޑުކަމުން މޭގައ  އަތް އަޅަން ޖެހިފައެވެ. 

    އެހެން ކޮންމެ ވެރިކަމެއް ފެށި އެތައް  ދުވަހެއްވާ އިރު ވާނުވާ ބަލަން ހަމަޖެހިލެވޭނެ ފުރްޞަތު ރައްޔިތުންނަށް ލިބުނެވެ. މިފަހަރު ވެރިކަން ފެށީވެސް ކޭޕާކް މަންޑޭ ހެދިކަހަލަ އެތައް ދޮގަކާ މަކަރުން ނުކުރެވޭނެ ކިތަންމެ ކަމަކާ ނުފުއްދޭނެ އެތައް ވައުދެއް ކޮނޑުއަޅައިގެންނެވެ. ނަތީޖާއަކީ ހުވާކުރުމާ އެކު ސޯޓު ތިރިއަށް  ސޮހެން  ފެށުމެވެ.

    އަސްލެއް ކަމަށް ގެނެވުނީ ކުޅޭކުޅޭ ޕްލާސްޓިކް ސަރުކާރެއް ކަމުގެ އިޙްސާސް ވޯޓުން ދިން މީހުންނަށް އިރުއަރާ ކޮންމެ ދުވަހަކު ދަނީ ގަބޫލު ކުރެވެމުންނެވެ.

    ]]>
    Mon, 04 Dec 2023 18:53:37 +0500 ހީރަސްނިއުސް
    މުޅި ސަރުކާރު އޮތީ މުއިއްޒުވެފަ! https://heerasnews.com/2071 https://heerasnews.com/2071 އިންޑިއާ ސިފައިން ބޭލުމުގެ ވާހަކައަކީ ވޯޓު ހޯދަން ދެއްކި ވާހަކައެއް ނޫންކަމަށް ޑރ. މުއިއްޒު ބުނީމާ އެކަން ގަބޫލު ކުރާނެ މީހަކު އެބަހުރިބާވައެވެ. ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި މުއިއްޒު ބުނަމުން ދިޔައީ ހާސްހާހުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ވާހަކައެވެ. ވެރިކަމަށް އިސްވެ މިހާދުވަސް ވީއިރު ތިބީ ކިތައް އިންޑިއާ ސިފައިންކަމެއް މުއިއްޒަކަށް ނޭނގެއެވެ. އެކަމަކު ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިންނޭ ބުނީވެސް މުއިއްޒު އޮފީހުންނެވެ.   

    ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެ ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގޮސްފައިވާކަމަށް އެންމެ ބަރަށް ގޮވަމުން ދިޔަ އެކަކީ ވެސް ޑރ. މުއިއްޒެވެ. އިންޑިއާގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް މުއިއްޒަށް ރައްޔިތުން ވޯޓުދިނުމަށް ރައްޔިތުންގެ ދެފައިގައި ހިފާ ބޮސްދީ އާދޭސްކުރީ ވެސް މުއިއްޒެވެ. ވެރިކަން ލިބުމާއެކު އިންޑިއާ ސިފައިން ވަގުތުން ބަލާނެ ކަމަށް ވައުދުވީ ވެސް މުއިއްޒެވެ. އެއްޔަކީ ވޯޓު ހޯދާކަށް ދެއްކި ވާހަކައެއް ނޫނޯލައެވެ.

    އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދެއްކީ ވޯޓު ހޯދަން ކަމަށް ވާނީ ކިހާވަރަކަށް އެވާހަކަ ދެއްކުނީމާ ހެއްޔެވެ. އެންމެ ރަނގަޅެވެ. ގަބޫލު ކޮށްފާނަމެވެ. އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދެއްކީ ވޯޓު ހޯދާކަށް ނޫނެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މުއިއްޒަށް ވޯޓުދިނީ މުއިއްޒު ރީތިކަމުންނެވެ. ހުންނަލެއް ލޯބި ކަމުންނެވެ. މުއިއްޒުވަރުގެ އެހެން މީހަކު ނެތިގެންނެވެ. 

    އެހެން ވީއިރު ގައިމުވެސް ތިމާގެ ފޮޓޮއަށްވުރެ ބޮޑުކޮށް ރައީސް ޔާމީނުގެ ފޮޓޯ ބޭނުން ކޮށްގެން ރިޔާސީ ކެންޕޭނުގައި ސަހުސު އޮޅުވާލީމު ނޫން ހެއްޔެވެ. ކެންޕޭނު ކޮންމެ ބައްދަލުވުމެއްގައި އެންމެ ކުރީ ސަފުގެ މެދުގައި ހުސްގޮނޑިއެއް ބަހައްޓާ އެ ގޮނޑީގައި "ރައީސް ޔާމީން" ޖަހައިގެން އުޅުނީވެސް ވޯޓު ހޯދާކަށް ނޫންދޯއެވެ.

    ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް ޔާމީނު މިނިވަން ކުރާނެ ކަމަށް ބުނެ ދެބަހުން އެއްބަހުގައި ރައީސް ޔާމީނޭ ހަރާން ހުކުމޭ ގޮވަމުން މުޅި ރާއްޖޭގައި ދުވީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ.

    ކަރުން ލޭލަންދެން ޗާގޯހޭ ކަނޑޭ ގޮވަމުން ފަޔަށް ހިނިއަރައިގެން އުޅުނީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ. ވެރިކަން ލިބުނު ފަހުން އެ ވާހަކައިން ނަންވެސް ނުގަންނަނީ އެހެންވެގެންތާއެވެ. މިހާތަނަށް އެކަމާ މަޝްވަރާ ކުރަން ބޭރަށް ކުރި ދަތުރެއް ކުރިކަމެއް ނެތެވެ. އެކަމަކު މުހިންމުވީ އަންހެނުންނަށް ވީވައުދު ފުއްދަން ތުރުކީ ސްޕަރސްޓާރާއި ބައްދަލު ކުރަން ސަރުކާރުގެ ހަރަދުގައި ރަސްމީ ދަތުރެއް ހަދައިގެން ތުރުކީއަށް ދިއުމެވެ. 

    ރައީސް ސޯލިހު ސަރުކާރުން ދޫކުރާ ގޯއްޗެެއް ފްލެޓެއް ލިބުނު އެއްވެސް މީހަކު އަތުން އަތުނުލާނެ ކަމަށާއި ގޯއްޗާއި ފްލެޓް ދޭން ކަނޑައަޅާފައިވާ މީހަކަށް އެތަންތަން ނުލިބޭނެ ގޮތެއް ނުހަދާނެ ކަމަށް ބުނީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ. ދިވެހި ސިފައިންނާ ފުލުހުންގެ މުސާރަ ދެގުނަ ކުރާނެ ކަމަށް ބުނީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ.

    ކުރީ ސަރުކާރުން ފަށާފައިވާ އެއްވެސް މަސައްކަތެއް ހުއްޓާނުލާ ކޮށް ނިންމާ ދޭނެކަމަށް ރަށްރަށު ރައްޔިތުން ގާތުގައި ބުނީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ. ޖަޕާނު މަހެއް ވިހާ މިސާލުގައި ރައްޔިތުންގެ ކުރިމަތީގައި މަތިމައްޗަށް ހޮޅި ވައުދުވީ ވޯޓު ހޯދާކަށް ނޫންދޯއެވެ. 

    އޭ މިހިރަ ރައީސޫއެވެ. ތިބާ ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ތިބާ ފޭލިވެއްޖެއެވެ. އެ ދުވަހު މިނިވަން ކުރާނެ ކަމަށް ބުނި ރައީސް ޔާމީން އެހުންނެވީ އަދިވެސް ބަންދުގައެވެ. އެސާހިތުން ބާލަން ބުނި އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ވަގުތުން ވަގުތައް އަތުލަން ބުނި ކަނޑު އޮތީ އޮތް ތާނގައެވެ. ފަށާ ނުނިމިހުރި މަސައްކަތްތައް ނިންމުމަށްވުރެ އިސްކުރީ ފުށިދިއްގަރުފަޅު ހިއްކުމެވެ. ގާބިލު ފެންވަރުހުރި މީހަކު ނޫނީ ނުލާނެކަމަށް ބުނިނެވެ. ތިން ހަތްދުވަސް ވީއިރު ކުރި ގިނަ ކަންކަން ދެވަނަ ފަހަރަށް ކުރަންޖެހި މުޅި ސަރުކާރު އޮތީ މުއިއްޒުވެފައެވެ.   

    ]]>
    Mon, 04 Dec 2023 16:05:01 +0500 ހީރަސްނިއުސް
    ގާނޫނު ހަދާބާރުގެ ރިޔާސަތު އެންމެ ދެކުނާ އެންމެ އުތުރަށް https://heerasnews.com/2069 https://heerasnews.com/2069
  • އަހުމަދު ސަލީމް. 51 ވޯޓް
  • އަބްދުއްލާ ޖާބިރު 23 ވޯޓް
  • 1932 ގައި ރާއްޖޭގެ ބަރުލަމާނު ފެށުނު ފަހުން ހިނގާ މިދިޔަ 91 އަހަރުތެރޭ ރާއްޖޭގެ ޤާނޫނު ހަދާ ބާރުގެ ރިޔާސަތު ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް ނިސްބަތްވި މިއީ ފުރަތަމަ ފަހަރެވެ.

    މިކަން މިކުރީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ގެނައުމުގެ މުގުލުގައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިންނެވެ. 

    އައްޑޫ ހިތަދޫ މޫލެކެޑެ ސަރަހައްދަށް ނިސްބަތްވާ އޮނަރަބްލް މުޙަންމަދު އަސްލަމް މަޖިލިސްގެ ރިޔާސަތަށް ވަޑައިގަތީ އެމްޑީޕީ ޓިކެޓްގައި މަޖިލިސް ރިޔާސަތުގައި އިންނެވިކުރީގެ ރައީސް ނަޝީދު އާޕާޓީ އެެއް ހައްދަވައިގެން ރިޔާސަތުގައި އިންނަވަނިކޮށް ހުށައެޅުނު އިތުބާރު ނެތް ކަމުގެ ވޯޓުގެ މިޔަމަތިން އިސްތިއުފާ ދެއްވުމުންނެވެ. 

    މިރޭ މަޖިލިހުގެ ނައިބް ރައީސް ކަމަށް ވަޑައިގަތް އަހުމަދު ސަލީމަކީ ރާއްޖޭގެ އެންމެ އުތުރުގެ ތުރާކުނާ އުލިގަމު ހިމެނޭ ހޯރަފުށި ދާއިރާ ތަމްސީލު ކުރައްވާ ހޯރަފުއްޓަށް އުފަން އެމްޑީޕީގެ މެމްބަރެކެވެ.

    މަޖިލިހުގެ ނައިބު ރައީސްގެ ގޮނޑީގައި ކުރިން އިންނެވި އީވާއަށް މިއަދުވީ ކުރިން އެކަމަނާގެ ދެބެންގެ ދެދަރި ބޭބޭފުޅު ރައީސް ނަޝީދުގެ ރިޔާސަތު ގޮނޑިއަށް ވެސް ވީގޮތެވެ. 

    ރާއްޖޭގެ ވެރިކަމުގެ ބާރުތައް ފަހަކަށް އައިސް މާލޭން ބޭރަށް ނިސްބަތް ވުމުގެ ފަހުގެ ތާރީޚުގެ ފެށުމަކީ ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުޙަންމަދު ޞޯލިޙް 2018 ވަނަ އަހަރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް  ވަޑައިގަތުމުންނެވެ.

    މާލޭ ރަޖިސްޓްރީގައި އޮވެ ބޮލު ތާކިހާ ވެއްޓޭ ވަރުގެ އުސް ޢިމާރާތެއްގެ ވެރި ޑރ މުއިއްޒަކީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ބައްޕާފުޅުގެ ގޮތުގައި ބެލެވިފައިވަނީ ތިލަދުންމަތީ ވަށަފަރަށް އުފަން ބޭފުޅެކެވެ.

    އެހެން ކަމުން ރާއްޖޭގެ ވެރިކަން ހިންގާ ބާރާ ގާނޫނު ހަދާ ބާރުގެ ރިޔާސަތު މިވަގުތު ގުޅިފައިވަނީ ރާއްޖޭގެ އެންމެ އުތުރާ އެންމެ ދެކުނަށެވެ.

    ކަން މިހެން އޮތް ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މިވަގުތު މުޅި ރާއްޖޭގެ އޯނަރަކީ ހައްދުން މަތީ ފޮނަދޫ އަބްދުއްރަހީމް ޢަބްދުއްލާއެވެ.

    ]]>
    Sun, 03 Dec 2023 21:43:00 +0500 ހީރަސްނިއުސް
    މެންބަރުން ވާހަކަ ދައްކާލަންދެން ކެތްނުވެ އީވާ ދިން އިސްތިއުފާ https://heerasnews.com/2068 https://heerasnews.com/2068
  • ނަޝީދާއި އީވާ އެތައް ދުވަހަކު ރިޔާސަތުގައި ތިބެ:-
    • އެންމެ މަރެއްގެ ހަގީގަތް ނުހޯދުނު
    • ދަރަނި މެނޭޖްކޮށް ކޮރަޕްޝަން ނައްތާނުލެވުނު
    • ކޮރަޕްޝަންގެ މައްސަލަތައް ނުބެލުވުނު
    • ފަނޑިޔާރުގެ ނުފޫޒުން މިންޖެއް ނުކުރެވުނު

    މީހުންގެ ތެރޭގައި ތެދުވެ އަނގަފުރާ ވާހަކަ ދައްކަން ލަދުނުގަންނަ ކަމެވެ. ފަށުވި ރީތި އިބާރާތުން ކިތަންމެ ވާހަކައެއް ދެއްކިޔަސް އީވާއަކީ ކާކުކަން ނޭނގޭ މީހަކު މި އުޑުދަށުގައި ނެތެވެ. މާ އަބުރުވެރި މާ ގަދަރުވެރި މީހަކަށް ހެދިގެން ދިފާއުގައި ދެއްކި ވާހަކައިގެ ހަގިގަތަކީ ކޮބައިކަން ނޭނގެނީ ކާކަށް ހެއްޔެވެ. މަޖިލީހުގައި އީވާ މިއަދު ދެއްކި ވާހަކައަށް މީހަކު އެއްޗެއް ބުނުމުގެ ކުރިން އިސްތިއުފާ ދިނީ މަޖިލީހުގައި ހުތުރު ގޮތަކަށް ބޮލާފޮށާ އެޅޭނެ ކަން އެނގޭތީއެވެ. 

    އީވާގެ އިތުބާރު ނެތިގެން މަޖިލީހުގެ ރިޔާސަތުން ބޭރުކުރީ އެމްޑީޕީއަށް ވެރިކަން ގެއްލުމުގެ އަދަބެއްގެ ގޮތުގައި އީވާ ބުނީމާ ގަބޫލު ކުރާނެ ބަޔަކު ތިބެދާނެއެވެ. އީވާ އެހެން ބުނީމާ ގަބޫލު ކުރާނީ އިވާގެ ދުލުން ބަސް ބުނެގެން އީވާގެ ކަންފަތުން އަޑު އަހައިގެން އީވާގެ ލޮލުން ބަލައިގެން އުޅޭ ބީރު މަންމަން ކަނު ބަޔަކު އެކަންޏެވެ.

    އީވާގެ އިތުބާރު ނެތިގެން އިތުބަރު ނެތްކަމަށްވީ މީގެ ވިއްސަކަށް ދުވަސް ކުރިއަކުން އެކަންޏެއް ނޫނެވެ. އީވާގެ އިތުބާރު ނެތްކަމަށް ހަށަހެޅީކީ އެމްޑީޕީއަށް ވެރިކަން ގެއްލުނު ފަހަކުން ވެސް ނޫނެވެ. ނަޝީދާއި އީވާގެ އިތުބާރު ގެއްލުނީ އަދަކު އިއްޔެއަކުވެސް ނޫނެވެ. ނަޝީދާއި އީވާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ވެރިކަމުގައި އާރާ ބާރުގައި އޮވެއެވެ. އަމިއްލަ މަސްލަހަތުގައި މަޖީލީހުގެ ރިޔާސަތުގެ ނާޖާއިޒު ފައިދާ ނަގާތީއެވެ. ހިސާބަށްވުރެ ނޮހޮރުއްޕާން ބޮޑުވެ ދައުލަތް ހިންގަން ދަތިވެގެންނެވެ. ނަޝީދާއި އީވާ ދައުލަތުގެ އެއްބާރު ހިސޯރުކޮށްފައި އޮވެގެންނެވެ. 

    އީވާއާއި ނަޝީދު މަޖިލީހުގެ ރިޔާސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކުރިހާ ކަންކަމުގެ ވާހަކަ މެންބަރުން ދައްކާލަން ދެން ކެތެއް ނުވިނޫން ހެއްޔެވެ. ދައްކާނެ ރާގަކަށް ދައްކާނެ ވާހަކައެއް ދައްކާފައި އަވަހަށް އިސްތިއުފާ ދިނީ އެހެން ވެގެންނެވެ. ދިފާއުގައި އީވާ ދެއްކި ވާހަކައަށް ރައްދުދީ މާބޮޑު ބަޔަކަށް ވެގެން އެވާހަކަތައް ދައްކާ އައުކުރާކަށް ނެތީމެވެ. 

    އެކަމަކު ބުނަމެވެ. މަޖިލީހުގެ ރިޔާސަތުގައި އާރާބަރުގައި ފުރިހަމަ މެޖޯރިޓީ އޮވެގެން ތިބެ އެންމެ މަރެއްގެ ހަގީގަތް ހޯދުނު ހެއްޔެވެ. ހިޔާނާތުގެ އެންމެ މައްސަލައެއް ބެލުވުނު ހެއްޔެވެ. ފަނޑިޔާރުގެ އިސްލާހު ކުރެވުނު ހެއްޔެވެ. ދަރަނި މެނޭޖްކޮށް ކޮރަޕްޝަން ނައްތާލެވުނު ހެއްޔެވެ. ނުކުރެވެއެވެ. ނުވެސް ކުރެވޭނެއެވެ. ހުދު ބޯކިރު ކޮޅަކަށް ހެދިގެން އަނގަ ދިޔާކުރިޔަސް ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގިއްޔާ ހިނގި ކޮރަޕްޝަނަކާއި ހިޔާނާތެއްގެ މުގުލުގައި ނަޝީދާއި އީވާ ތިބޭ ކަމަށްވެއެވެ. ހިނގިއްޔާ ހިނގި ޓެރެރިޒަމްގެ އަމަލެއްގެ ސަބަބު މެދުވެރި ކުރުވި ފަރާތަކަށް ނަޝީދު ވާކަމަށް ވެއެވެ. ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގައި ނަޝީދަކީ "ނަންބަރ ވަން" ކަމަށް ވެއެވެ. އެމްޑީޕީގައި ލާދީނީ ސިއްކަ ޖެހުމުގެ ސަބަބަކީ ނަޝީދާއި އީވާ ކަމަށް އެންމެންހެން ގަބޫލު ކުރެއެވެ. އެމްޑީޕީއާއި ދިވެހި ރައްޔިތުންނަށް ނަޝީދު ނޫން ގޮތެއް ހޯދަން ޖެހުނީ އެހެން ވެގެންނެވެ. 

    މަޖިލީހުގެ ރިޔާސަތުން ނުފައިބާން ގަދަފައި ވިއްދައިގެން ނަޝީދާއި އީވާއަކަށް ނުތިބެވުނު ނޫން ހެއްޔެވެ. ސްޕްރީމް ކޯޓް ހުކުމޭ މަޖިލީހުގެ ގަވައިދޭ ކިޔައިގެން އަނގަހުޅުވަން އީވާމެން ތާހިރެއް ނޫނެވެ. ތިމާމެންނާ ޖެހުމުން ގާނޫނެއް ގަވައިދެއް ޑިމޮކްރަސީއެއް މެޖޯރިޓީއެއް ނޯވެއެވެ. ޑިމޮކްރަސީގެ އަމަޔާ ބަފަޔަށް ވެގެން ތެޅިބޭލި އެންމެ ފަހުން ހުޅުނބު ފޭބީއެވެ.

    ]]>
    Sun, 03 Dec 2023 14:36:18 +0500 ހީރަސްނިއުސް
    ކިންގް ޗާލްސާ 20 ސިކުންތަށް ދިމާވެގެން ފޮނުއެރުވުން https://heerasnews.com/2064 https://heerasnews.com/2064 ރާއްޖޭގެ ވެރިކަން ޖަހައިގެން ރައީސާ ބައްދަލު ނުކުރެއްވިގެން އިގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއަށް އަވަހާރަފުޅު ނުލެއްޕެވޭތާ ކިތަންމެ ދުވަހެކެވެ. 28 ވަނަ ކޮޕް ސަމިޓް ބޭއްވިކަން އެއީ ކިންގް ޗާލްސްގެ ގައިނަސީބެވެ. މިދަޑިވަޅަށް އެ ރަސްގެފާނު އެހުންނެވީ ކެތް މަދުވެވަޑައިގެންފައެވެ. ވެއްޓި ފޮރޮޅިގެންވެސް ޑރ. މުއިއްޒާ ބައްދަލުވެ ވަޑައިގަތުމަށް ވުރެ މުހިންމު އެހެން އެއްވެސް ކަމެއް ކިންގް ޗާލްސްއަކަށް ނެތެވެ. 

    މާތް ކަލާނގެ ކުޅަދުން ވަންތަކަމެވެ. ރައީސް މުއިއްޒާ ކިންގް ޗާލްސް ބައްދަލު ކުރެއްވީ ހެއްޔެވެ. ނޫނީ ސަމިޓްގެ ހަވާސާއިން ދިމާވީ ހެއްޔެވެ. ޔަގީނުން ވެސް ކިންގް ޗާލްސް މީހަކާ ބައްދަލުކުރާނީ ފިސާރި ހައިބަތުގައި ނިކަން ތަރުތީބުންނެވެ. މަގުމަތިން މީހަކާ ދިމާވީމާ ސަލާންކޮށްލާ ހާލު ކިހިނެތްތޯ އަހާލާ ބީދައަކުން އިގިރޭސި ރަސްގެފާނު މީހުންނަކާ ބައްދަލެއް ނުކުރައްވާނެކަން ޔަގީނެވެ. 

    ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް މުއިއްޒާ ޗާލްސް ވާހަކަ ދެއްކެވި ޔޯލައެވެ. ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ވާހަކަ ވެސް ދެއްކެވި ޔޯލައެވެ. ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ވާހަކަ ދައްކަވާނީ އަރި މައްޗަކަށް ޖެހިލައިގެންތިބެ މީހުން ޗުކުޗުކު ލާގޮތަކަށް ނޫނެވެ. އެއަށްވުރެ މާހައިބަވެތިކޮށެވެ.

    ރަންކޮޅާއެވެ. ކަންވީކީ އެހެނަކުން ނޫނެވެ. ސަމިޓަށް ވަޑައިގެން ތިއްބެވި ބޭބޭފުޅުން ފެނި އެންމެ ފުރަތަމަ އަތްފައި ފިނިވެ ތުރުތުރު އަޅައިގަތީއެވެ. އޭރު ސަމިޓަށް ވަޑައިގެން ތިއްބެވި ބޭފުޅުން ސަމިޓްގެ ހަވާސާގައި އެއްބޭފުޅަކު އަނެއް ބޭފުޅަކާ ސަލާންގަލާން ކުރައްވަނީއެވެ. ކަމަށް އައުކަމުން މުއިއްޒަކަށް ރަނގަޅަށް މީހުނެއް ނޭގެއެވެ. އެކަމަކު ރާއްޖޭގެ މީހުނަށް ދައްކާލަން ފޮޓޯކޮޅެއް ހަދާލަންވާނެތާއެވެ. އެގޮތުން އިނގިރޭސި ރަސްގެފާނާއެކު ފޮޓޯއެއް ކަނޑާލެވުމަކީ ބޮޑު ހުދަންބަރެއް ހޮވުން ކަހަލަ ކަމަކަށް ވާނެތާއެވެ. 

    ދެނަކާ ދެނެއް ނެތެވެ. މީހުންގަނޑުގެ ތެރެއިން ލޫދެމުން ފޫދެމުން ކިންގް ޗާލްސާ ހަމަކޮށް ސަލާންކޮށް ބޭނުންވާ ފޮޓޯ ނެގީއެވެ. ކިންގް ޗާލްސް އަރިހުގައި އެއްޗެއް ދަންނަވާލަން ލިބުނީ ވިއްސަކަށް ސިކުންތެވެ. ދެގައުމުގެ ޒަމާންވީ ގުޅުމާ ބެހޭގޮތުން ވިއްސަކަށް ސިކުންތުން ދެއްކޭނީ ކޮންވާހަކައެއް ހެއްޔެވެ. އެކަމަކު އައު ކުކުޅަކަށް ގައުނަމަވެސް ބިހެއް އެޅުނީމާ ވަރަކަށް ގޮވާނެތާއެވެ.

    ]]>
    Fri, 01 Dec 2023 19:55:34 +0500 ހީރަސްނިއުސް
    ދިވެހިންގެރާއްޖޭގެ ހިތްގައިމު މާރާމާރީތައް ފެށިއްޖެ https://heerasnews.com/2061 https://heerasnews.com/2061 އިއްޔެއަކީ 24 ގަޑިއިރު ތެރޭގައި މަގުމަތީ މާރާމާރީގެ 3 ހާދިސާ މާލޭ މަގުތަކުން ފެނި އެކަމުގެ "ހިތްހަމަ ޖެހުމާ އުފާ" އެތަން ފެނުނު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކަށް ލިއްބައިދިން "އުފާވެރި"  ދުވަހެކެވެ.  އަދި ހަމަ އެއާއެކު މިއަދު ހެނދުނު ހެނދުނާ 4 ވަނަ އެޕިސޯޑް ހިންގާލައިފިއެވެ. އުންމީދު ކުރި  ވަރަށް ވުރެވެސް ސްޕީޑް މާބާރެވެ.

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 5 އަހަރު " މި އުފަލުން ރައްޔިތުން މަހްރޫމް" ކުރިއެވެ. ސިފައިންނާ ފުލުހުން އެކުގައި ގްރޫޕް ހަދައިގެން މަގުތަކަށް ނެރެ، މާލެ ތެރޭގައި ފޯރިމަރުވައިގެން ރައްޔިތުން ދެކެން ބޭނުންވި އުފާވެރި މިމަންޒަރު ފެނުނަކަ ނުދެއެވެ.

    ސޯމާލިއާ އާއި ކޮލަމްބިއާ ކަހަލަ މަޝްހޫރު ގައުމަކަށް "ދިވެހީންގެރާއްޖެ" ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ދިވެހިންގެރާއްޖޭގައި ސަރުކާރުގެ ފަންޑް މެނޭޖު ކުރަން މިހާރު ތިބޭނީ އެތަންތާނގައި ސަރުކާރުގެ ފަންޑް މެނޭޖްކުރާ ބާވަތުގެ މީހުންނެވެ. ޑްރަގާ ހަތިޔާރަކީ ޓެކްސަކާނުލާ މުޅި ދުނިޔޭގައިވެސް ކުރާ އެންމެ ފައިދާ ބޮޑު އެއް ވިޔަފާރިއެވެ. އެފާޑުގެ ވިޔާފާރިތަކުން ބިލިޔަން ބިލިޔަނުން ދިވެހިންގެރާއްޖެއަށް ޑޮލަރު ލިބޭގޮތަށް ނެޓްވޯކްތައް އަޅާ ރަނގަޅަށް ފަންޑު މެނޭޖު ކުރެވޭނީ ޑޮން އަކަށެވެ. 

    ހަތިޔާރާ ޑްރަގްގެ ބައިނަލް އަގްވާމީ މުޖުރިމް ނެޓްވޯރކް ތަކަށް ފާރަލާ އެ މީހުން ހުއްޓުވާ ހިފެހެއްޓުމަކީ ޑްރަގާ ހަތިޔާރާއި ތެލުގެ ވަގުވިޔާފާރީން ދިވެހިންގެރާއްޖޭގެ ފަންޑް މެނޭޖަރަށް ފަންޑް ހޯދާ މެނޭޖުކުރަން ކިހާ އުދަގޫ ކަމަކަށް ވާނެހެއްޔެވެ. އެހެންކަމުން އިންޑިއާއިން ގެނައި 2 ހެލިކޮޕްޓަރާއި ޑޯނިއަރ މަތިންދާ ބޯޓާއި އެ އޮޕަރޭޝަނަށް ގެނައި އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިން ފޮނުވާލުން ކިހާ ބޭނުމެއް ވާނެހެއްޔެވެ. 

    އިންޑިއާއިން ދީފާހުރި އުޅަނދުތަކާއި އައިސް ތިބި މީހުން ކުރިހާ ވެސް ކަމަކީ ބަލި ހާލު ބޮޑު މީހުން އުފުލާފައި އިންޑިއާ ކަނޑުގައި ކުށްކުރާ މީހުންނަށް ފާރަލުމެވެ. ޑްރަގާއި ހަތިޔާރާއި ތެލުގެ ވަގު ވިޔަފާރިތައް ރާއްޖެ ވަނަ ނުދިނުމެވެ. ފަހަރުގައި ވަނަސް އަތުލައި ގަތުމެވެ. 

    އެކަންކަން އޮބަހައްޓާ ހިނގިޔަ ނުދިނުމުގެ ނަތީޖާ އެއްގެ ގޮތުން ދިވެހިން ދެކޭ ހިތްވާ މާރާމާރީއާއި ހަމަނުޖެހުން ހާއްސަކޮށް މާލޭގެ މަގުމަތިން ނުފެންނަ ފޫހި، ވައި 5 އަހަރަށް އިބޫ ސޯލިޙްގެ ވެރިކަމުގެ 5 އަހަރުވިއެވެ. 

    އަރައިގަތް ރުޅިއާ ވީފޫހީގާ ދިވެހިން ދެކޭ ހިތްވާ ކަންކަން ހިނގާނެ ވެރިކަމެއް 54 އިންސައްތަ ރައްޔިތުން ނުކުމެ ވޯޓުލައިގެން މިއޮތީ ގެނެސްފައެވެ. ނަތީޖާ ވެސް ރަނގަޅެވެ. ދިވެހިންގެ ރާއްޖޭގެ ވެރިކަން ފެށި 9 ރޭ ފެނުތެރޭގައި މާލޭގެ މަގުތަކުން ދިވެހިން އެދުނު މަންޒަރު ފެންނަން ފަށައިފިއެވެ. މިއީ ފާއިތުވި 5 އަހަރު އިބޫ ސަރުކާރުން ހުއްޓުވާ މުޅިން އިހުމާލުވެފައި އޮތް ކަމެއް އަނެއްކާ ފެށުމެވެ. 

    އޭމިހިރަ ދިދައާއެވެ. ތިބާ ކިތަންމެ އުހުގައި ހުއްޓަސް ދެން ގިފިއްޔަކަށް ތިބާއެއް ނުފެންނާނެއެވެ. ދިވެހިން މިހާރު ބޭނުން ކުރަނީ ހިޔާކުރި ފާހާނާއެވެ. ދީނާ ގައުމަށް ހިތުގައި ނެތް ލޯތްބަކުން ކުޅޭ ޑްރާމާ އޯވަރ ވީމާ ދެން ބޭލޭނީ ފޮށައެވެ. އޭރުން ފެންނާނީ ބަރަހަނާއެވެ. މިހާރު މިވަނީ އެހެންނެވެ. މިހާރު މިތިބީ އަންނަން އުޅުނު "ދިވެހިންގެ ރާއްޖެ" އާދެވިފައެވެ. 

    ]]>
    Thu, 30 Nov 2023 13:40:23 +0500 ހީރަސްނިއުސް
    ގޯތީގެ ރަޖިސްޓްރީ ދީފައިވާ ބިންތަކަށް އެރުމަށް ގޮވާލައިފި https://heerasnews.com/2057 https://heerasnews.com/2057 ގެދޮރުވެރި ޕްރޮގްރާމްގެ ދަށުން ގޯތިލިބި ގޯތީގެ ރަޖިސްޓްރީ ލިބިފައިވާ ފަރާތް ތަކުން އެ ތަންތަނަށް އެރުމަށް މަޖިލީހުގައި ގޮވާލައިފިއެވެ. އެ ގޯތިތަކަށް މީހުން އެރުމަށް ގޮވާލެއްވީ މާފަންނު މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ރަޝީދުއެވެ.

    އިއްޒަތްރެރި މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވިގޮތުގައި ބަޔަކަށް ދީފައި އޮންނަ ގޯއްޗެއް ލިޔުމެއް އަތެއް ނުލެވޭނެއެވެ. އެއީ ވަކިނުކުރެވޭނެެ ހައްގެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. " މިހާރު ހަގީގަތުގައި ރަޖިސްޓްރީ ލިބިފައިވާ ފަރާތްތަކުން އެތަންތަނަށް އަރަންޖެހޭ. ގިރާވަރު ދީފަ ހުރި ފަރާތްތައްވެސް. ގިރާވަރު އެހުރީ ރަޖިސްޓްރީއާ އެއްކޮށް ހަވާލުވެފާ. ދެން ކޮންމެހެން ސަރުކާރުން ހަވާލުކުރޭތޯ ބަލަން ތިބޭކަށް ނުޖެހޭ ރައްޔިތުން. ގިރާވަރަށް އަރާ މިހާރު އެތާނގަ މަސައްކަތް ފަށަންޖެހޭ" ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

    އިއްޒަތްތެރި މެންބަރު ވިދާޅުވި ގޮތުގައި ދައުލަތުގެ އިސްވެރިއަކަށް ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހު އެތަންތަން އެއޮތީ ދެއްވާފައެވެ. ދައުލަތުގެ އިސްވެރިޔާ ދެއްވުމުން އެތަންތަނުގައި މަސައްކަތްނުފަށާ ވަކި ސަރުކާރަކުން ބުނަންދެން ތިބެން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވީމާ ރައްޔިތުން އެތަނަށް އަރާ ތިބެންވީ ކަމަށްވެސް އެ މެންބަރު ވިދާޅުވިއެވެ.

    ހުޅުމާލެއިން ބިން ލިބުނު މީހުން އަވަހަށް އެތަނަށް އެރުމަށް އިއްޒަތްތެރި މެންބަރު އެދެވަޑައިގަތެވެ. ކަޑަޖަހާ ރޯނުދަމާ ރަޖިސްޓްރީކޮށް ދީފައިވާ ބިންތަކަށް ރަޖިސްޓްރީ ލިބުނު ފަރާތް ތަކުން އަވަހަށް އެރުމަށް އޭނާ ވިދާޅުވިއެވެ. 

    ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ބިން އިތުރުކޮށް މާލޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް އެތަންތަނުން ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ މާލޭގެ ގިނަ ބަޔަކަށް ގޯތިދީ ރަޖިސްޓްރީ ދީފައެވެ. ރައީސް މުއިއްޒު ކެންޕޭނުގައި ވައުދުވެ ވަޑައިގަތް ގޮތަށް އެ ގޯތި ތަކާމެދު އަމަލު ކުރައްވަން ނޫޅުއްވާ ކަމުގެ ކަންބޮޑުވުން ނިހާޔަތަށް ބޮޑެވެ.

    ]]>
    Wed, 29 Nov 2023 16:11:45 +0500 ހީރަސްނިއުސް
    ނޫސްވެރިކަމަށް މުޢިއްޒު ދިން ފުރަތަމަ ހަމަލާ އަފްސަލަށް https://heerasnews.com/2056 https://heerasnews.com/2056 ޕީއެސްއެމްގެ ތަޖުރިބާކާރު މަސްހޫރު ނޫސްވެރިޔާ މުޙައްމަދު އަފްސަލް މަސައްކަތުން އެއްފަރާތް ކުރައްވައިފިއެވެ. 28 ނޮވެންބަރ 2023 (އިއްޔެ) ގައި އަފްސަލް ނޫސްވެރިކަމުން އެއްފަރާތް ކުރެއްވީ ރައީސް މުއިއްޒު ޕީއެސްއެމަށް އަލަށް އައްޔަނު ކުރެއްވި އެމްޑީ ޒީނާ ޒާހިރުއެވެ. ޕީސީބީން މަގާމްގެ ލިޔުން ލިބި ވަޑައިގަތުމާއެކު ޒީނާ ޒާހިރު ރައީސް އޮފީހަށް ވަޑައިގަތުމަށް ފަހު ހޯއްދެވި މަސްވަރާއެއް ހޯއްދަވައިގެން ޕީއެސްއެމަށް ވަޑައިގެން ފުރަތަމަ ކުރެއްވިކަމަކީ އަފްސަލް މަގާމުން އެއްފަރާތް ކުރެއްވުމެވެ. ޒީނާ އަދި އޭރު ރަސްމީކޮށް ނިކުމެވަޑައިނުގަންނަވައެވެ. ޒީނާ ރަސްމީކޮށް އޮފީހަށް ނިކުމެ ވަޑައިގަތީ މިއަދުއެވެ.

    ޒީނާއަށް ވެރިކަމެއް ލިބުމުން މަސައްކަތުން އެކަހެރި ކުރެއްވި މުހައްމަދު އަފްސަލަކީ ދައުލަތުގެ މީޑިއާގައި ނޫސްވެރިއެއްގެ ގޮތުގައި ވިހި އަހަރަށްވުރެ ގިނަދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. 2009 ވަނަ އަހަރުން ފެށިގެން ނިއުސް އެޑިޓަރެއްގެ ގޮތުގައި ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރައްވާ އަފްސަލް މަސައްކަތްތަކުން އެއްފަރާތް ކުރެއްވީ ނިއުސްރޫމްގެ އިންޗާޖަކަށް ހުންނަވަނިކޮށެވެ. 

    ނޫސްވެރިޔާ އަފްސަލަކީ ނޫސްވެރިކަމުގެ ދާއިރާއިން ތައުލީމާ ތަމްރީނު ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާއިން އަފްސަލް ހޯއްދެވި ތަމްރީނާއި ތަޢުލީމްގައި ދައުލަތުގެ މީޑިއާގެ ދައުރު ބޮޑެވެ. ދައުލަތުގެ މީޑިއާއިން ތަމްރީނުކޮށްފައިވާ އަފްސަލް ފަދަ ތަޖުރިބާކާރު ނޫސްވެރިން ހިދުމަތުން އެއްފަރާތްކުރުމަކީ ދައުލަތަށާއި މުޅިގައުމަށް ވެވޭ ހިޔާނާތެކެވެ. 

    އަފްސަލްގެ ނޫސްވެރިކަމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ގައުމަށް ލިބިފައިވެއެވެ. ނޫސްވެރިން ބިނާ ކުރުމުގައިވެސް އަފްސަލްގެ ދައުރު ކުޑައެއް ނޫނެވެ. ނޫސްވެރިކަމުގެ ސިޔާސަތާއި އަޚުލާގީ މިންގަޑު ކަނޑައެޅުމާއި ނޫސްވެރިކަމުގެ އެތިކްސް ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތް ތަކެއް އޭނާ ވަނީ ކުރައްވާފައެވެ.

    ފޮޓޯ: ސަން.އެމްވީ

    މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދެވަނަ ދައުރުގައި ދައުލަތުގެ މީޑިއާ ތަމްސީލުކުރެއްވީ ވެސް އަފްސަލްއެވެ. މީޑިއާ ކައުންސިލުން މިހާރު ދެމުންގެންދާ ނޫސްވެރިކަމުގެ އެވޯޑްއަކީ އަފްސަލްގެ އިސްނެންގެވުމެއްގެ ތެރޭން ތައާރަފް ކުރެވުނު އެވޯޑެކެވެ.   

    ނޫސްވެރިޔާ ޒީނާ ޒާހިރު ނޫސްވެރިކަމުގެ ކުޑައިގެ ދަށުގައި ހުންނަވައިގެން ތަޖުރިބާކާރު ހިދުމަތްތެރި ނޫސްވެރިއަކަށް ދެއްވި ހަމަލާއަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެއްވި ހަމަލާއެކެވެ. 2008 އިން ފެށިގެން މިވީހާތަނަށް އެކިވެރިކަންތައް ބަދަލުވެ ދައުލަތުގެ މީޑިއާގައި ކިތަންމެ ބޮޑަކަށް ސިޔާސީ ކުލަޖެހިގެން ދިޔަ ނަމަވެސް އެ މުއައްސަސާގައި ތިއްބެވި ނޫސްވެރިންނަށް ވެރިކަން ބަދަލުވުމާއެކު ކުރި ކުށަކާ ނުލާ އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ. 

    ރައީސް މުއިއްޒުގެ ކޮންޓްރޯލަށް ދައުލަތުގެ މީޑިއާގެނެސް ޕޮރޮޕަގެންޑާ މެސިނަކަށް ދައުލަތުގެ މީޑިއާ ބަދަލުކުރެއްވުމަށް މަސައްކަތް ފައްޓަވާފައިވާކަން އަފްސަލް އެއްފަރާތް ކުރުން ހެކިދެއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް ތަފާތު ފިކުރަށް ޖާގަ ދިނުން މުޢިއްޒު ސަރުކާރުގައި ނެތްކަން މިދަނީ ކަށަވަރުވަމުންނެވެ.   

    ]]>
    Wed, 29 Nov 2023 12:55:56 +0500 ހީރަސްނިއުސް
    ނިހާދުގެ ޝައުގު ޑެޕީއުޓީ ޕީޖީ ލީޑަރކަމަށް https://heerasnews.com/2054 https://heerasnews.com/2054 އެމްޑީޕީ ޕީޖީ ގްރޫޕްގެ ނައިބަކަށް ހުންނެވި އަލިފުށިދާއިރާގެ މެންބަރ ޕީޖީ ލީޑަރަކަމަށް އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން ނައިބު ލީޑަރގެ މަގާމު ވަނީ ހުސްވެފައެވެ. އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ނައިބު ލީޑަރކަމުގެ މަގާމް ހުސްވުމުން ނައިބު ލީޑަރ ކަމަށް ކުރިމަތި ލެއްވުމަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެކަމަށް ކުރިމަތިލެއްވުމަށް ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

    ޕީޖީ ގްރޫޕްގެ ނައިބުލީޑަރ ކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލުމުން އެމަގާމަށް ކުރިމަތި ލެއްވުމުގެ ޝައުގު ވެރިކަން އައްޑޫ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރ މުހައްމަދު ނިހާދު ފާޅު ކުރައްވައިފިއެވެ. ނާޑަކީ އެމްޑީޕީ އުފެދުނީއްސުރެ ދެގޮތެއް ނުވެ އެމްޑީޕީގައި ދެމިހުންނެވި ހަރަކާތްތެރި ބޭފުޅެކެވެ. އެ މަނިކުފާނު ފޭދޫ ދާއިރާގެ މެންބަރުކަން ހޯއްދެވީ އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެދާއިރާގެ މެންބަރު ކަމުގައި ކުރިން ހުންނެވި ޕީޕީއެމް މެންބަރު އިބްރާހީމް ދީދީ ބަލިކުރެއްވުމަށް ފަހުގައެވެ.

    ޢިއްޒަތްތެރި މެންބަރ ނިހާދަކީ މަޖިލީހުގައި އެމްޑީޕީގެ ސިޔާސަތުތައް ދިފާއު ކުރައްވާ ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ހަރަކާތްތެރި ހަރުދަނާ ޕާލަމެންޓޭރިއަނެކެވެ. މެންބަރު ނިހާދަކީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ވިޕެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި މިވަގުތު މެންބަރ ނިހާދު ހުންނެވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް ކަމުގައެވެ.

    ]]>
    Tue, 28 Nov 2023 17:13:53 +0500 ހީރަސްނިއުސް
    ކައުންސިލްތައް މުއިއްޒުގެ ޖީބަށް ޖެހުން! https://heerasnews.com/2048 https://heerasnews.com/2048 ލާމަރުކަޒީ ގާނޫނުގެ މަފްހޫމާ ކަނޑައެޅިގެން ހިލާފަށް އެޓޯލްސް މިނިސްޓްރީއެއް ގާއިމްކޮށް ރައީސް މުއިއްޒު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައިފިއެވެ. ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަކީ މިނިވަން މުސްތަގިއްލު އިދާރާތަކެކެވެ. ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު މުސްތަގިއްލު ކަމާއެކު ކައުންސިލްތަކަށް ގާނޫނު އަސާސީ ލިބިދެއެވެ. މާލީ މިނިވަންކަން ވެސް ފުރިހަމައަށް ލިބިދީފައިވެއެވެ. ކައުންސިލްތަކަކީ ސަރުކާރުގެ މުށުތެރެއިން ނެއްޓިފައިވާ އަމިއްލަވަންތަ މުއައްސަސާ ތަކެކެވެ.

    ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކުގެ ހަމަ ހިފެހެއްޓުމަށް އޮންނަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއެވެ. އެލްޖީއޭ އޮންނަނީ ސަރުކާރުގެ ދައުރު އެ މުއައްސަސާގެތެރޭގައި އޮންނަ ގޮތަށެވެ. ކައުންސިލްތައް ހިންގުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ކައުންސިލްތަކުގެ މިސްރާބު ހިފަހައްޓާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ތެރެއިންނެވެ. އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތު ތަކާއި އެއްގޮތަށް ކައުންސިލްތަކުގެ އަމާޒު ހިފަހައްޓާނީ އެލްޖީއޭއިންނެވެ. ގާނޫނީ ގޮތުންނާއި ފަންނީ ގޮތުން ކައުންސިލްތައް އެއް މިސްރާބެއްގައި ހިފެހެއްޓުމަށް މަގުދައްކާނީ އެލްޖީއޭއިންނެވެ. 

    އެލްޖީއޭގައި ސަރުކާރުގެ ދައުރުފުޅާކޮށް އޮންނާތީ ކައުންސިލްތައް ސަރުކާރުގެ ސިޔާސަތުތަކަށް އެއް އިރަކުވެސް ބީރައްޓެއްސެއް ނުވާނެއެވެ. ގައުމީ ތަރައްގީގައި ސަރުކާރުން ހިންގަން ޖެހޭ ކަންކަން ކައުންސިލްތަކާ ސަރުކާރާ ގުޅިގެން ހިންގުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ނުވެސް އޮންނާނެއެވެ.

    ކޮންމެ ކައުންސިލަކީ ވެސް ސަރުކާރާއި ދައުލަތުގެ ކޮންމެ މުއައްސަސާއަކާވެސް މެދުވެރިއަކުނެތި ސީދާ މުއާމަލާތު ކުރެވިގެން އެކައުންސިލެއްގެ ލަނޑުދަނޑި ތަކަށް ވާސިލުވުމުގެ ގާނޫނީ ބާރު ލިބިފައިވާ މިނިވަން މުސްތަގިއްލު ތަންތަނެވެ. ކޮންމެ ކައުންސިލަކަށްވެސް އެކައުންސިލެއްގެ މޭންޑޭޓް ދެނީ އެކައުންސިލެއް ނިސްބަތްވާ ރައްޔިތުންނެވެ. ކައުންސިލްތަކުގައި ތިބެނީ ރައްޔިތުންގެ މަންދޫބުންނެވެ. 

    ގާނޫނު އަސާސީން ކަނޑައަޅާ އުފައްދާފައިވާ މިނިވަން މުސްތަގިއްލު ލާމަރުކަޒީ ނިޒާމްގެ ބާރު ކަނޑުވާލަން ރައީސް މުއިއްޒު ފައްޓަވާފައިވާ މަސައްކަތް ހުއްޓުވުމަކީ ރައްޔިތުންގެ މަޖިލީހަށް މަޖުބޫރުކަމެކެވެ. ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ނަމުގައި ވަކި ވުޒާރާއެއް އުފައްދައިގެން ކައުންސިލްތަކުގެ އިހުތިސާސަށް އަރައިގަތުމަކީ ރައްޔިތުންގެ ބާރުކަނޑުވާލުމެވެ. ކައުންސިލްތައް ސައިޒުކުރުމެވެ. ކައުންސިލް ތަކުގެ ނިންމުންތައް ތަންފީޒު ކުރުމަށް ހުރަސްއެޅުމަށް ސަރުކާރާ ރައްޔިތުންނާ ދެމެދު ބޯފަށަލައެއް ލުމެވެ. 

    މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރނަންސް އެންޑް ޕަލިކް ވޯކްސް ނަމުގައި މިނިސްޓްރީއެއް އުފައްދާ އެ މިނިސްޓްރީއަށް ދީފައިވާ މޭންޑޭޓް ތަކަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފަށް ގަސްތުގައި ކައުންސިލްތަކުގެ ބާރުކަނޑުވާލާ އަމާޒުތަކެކެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރނަންސް އެންޑް ޕަލިކް ވޯކްސްގެ ދާއިރާ ކަމުގައި ކަނޑައަޅާފައިވާ މައިގަޑު ތިންކަމެކެވެ. އެ ތިންކަންތަކަށާވެސް އެމިނިސްޓްރީ އާއި ނުލާ ހައްލު އެބައޮތެވެ.

    • ލޯކަލް ގަވަނަންސް :

    ލޯކަލް ގަވަރނަންސް އަކީ ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ކުރިއްސުރެ އޮތް އެލްޖީއޭ އާއި ކައުންސިލްތަކުގެ ޒިންމާއެކެވެ. ކައުންސިލް ތަކަކީ މިނިވަން ކަމާއެކު ގޮތް ނިންމުމުގެ ބާރު ލިބިގެންވާ މިނިވަން މުއައްސަސާ ތަކެކެވެ.

    • ޕަބްލިކް ވޯކްސް:

    ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ހިންގަން ޖެހޭ ޕަބްލިކް ވޯކްސްގެ ދާއިރާގެ ކަންކަން ކުރުމުގެ ބާރު ކައުންސިލްތަކަށް އޮތުމާއެކު ގައުމީ ސިޔާސަތު ކަނޑައަޅާ ވިލެރެސްކޮށް ހެދުމުގައި އެލްޖީއޭއަށް ލަފަޔާ އިރުޝާދުދީ އެހީތެރިވުމަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗަރގެ ކަމެއްކަމުގައި ކަނޑައެޅިދާނެއެވެ.

    • ކޮމިޔުނިކޭޝަން:

    ކޮމިޔުނިކޭޝަންގެ ދާއިރާ އަކީ އެތެރެއާއި ބޭރާ ގުޅިފައިވާ އާއްމު މަސްލަހަތާއި ސަލާމަތާއި މާލީ މަސްލަހަތުތަކާއި ކުށުގެވެއްޓާ ޓެކްނޮލޮޖީއާއި ގުޅިލާމެހިފައިވާ ދާއިރާއެކެވެ. ކޮމިޔުނިކޭޝަންގެ ހުރިހާކަމެއް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ތެރެއިން ކުރުމަށްވުރެ މުހިންމު އެހެންކަމެއް ނުވެސް ނެތްކަމަށް ބެލެވެއެވެ. 

    އެހެންކަމުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރނަންސް އެންޑް ޕަލިކް ވޯކްސް އަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާ ލުމުގެ އިތުރަށް ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑުވެގެން ދާނެ ބޭކާރު މިނިސްޓްރީއެކެވެ. އައު ސަރުކާރުގެ އޮނިގަނޑަށް ރުހުން ދިނުމުގައާއި ވަޒީރުންނަށް ރުހުން ދިނުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރނަންސް އެންޑް ޕަލިކް ވޯކްސް އާއި ދޭތެރޭގައި ރައްޔިތުން މަޖިލީހުން ދެވަނަ ވިސްނުމަކަށް ދާންޖެހެއެވެ. 

    2023 ގެ ބަޖެޓް ބަހުސްގައި ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރ ހިސާން ހުސޭން މަޖިލީހުގެ ސަމާލުކަމަށް ގެންނެވި އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ލޯމަރާލައިގެން ވާން އޮތްކަމެއް ނޫނެވެ. ކަމަކީ އެހާމެ ހައްސާސު އަދި ކައުންސިލްތަކުގެ ކަންބޮޑުވުން ނިހާޔަތަށް އޮތްކަމެކެވެ. ކައުންސިލްތައް ރައީސް މުއިއްޒުގެ ޖީބަށްޖެހުން ހުއްޓުވަންޖެހެއެވެ.

    ]]>
    Mon, 27 Nov 2023 13:12:38 +0500 ހީރަސްނިއުސް
    ދިވެހިންގެރާއްޖޭގައި ދީނަށް ފުރައްސާރަކުރި މީހަކު ނުހުންނާނެ! https://heerasnews.com/2046 https://heerasnews.com/2046 ޝޭހަކަށް ޝަރީއަތުން ލެއްވި ދަރިއަކު ޝޭހެއްގެ އަންހެން ދަރިއަކާ އިދެގެން އުޅުމަކީ ޝޭހުކަން ވާރުތަކުރާ ކަމެކޭ ބަޔަކަށް ހީވީތާއެވެ. ބަފާ ޝޭހަކަށް ވުމަކީ ދަރި ޝޭހަކަށް ވާކަމެއް ނޫންކަން މާރަނގަޅަށް ވެސް އައްޔަށް އެނގޭނެއެވެ. އެހެން ނޫނަސް ލައްވާ އެއްޗިއްސަކީ ގިނަ ފަހަރަށް އެ މާހައުލެއްގެ ބޭރުން އައިސް ކިރިޔަކިރިޔާ ލައްވާލާ އެއްޗެތި ނޫން ހެއްޔެވެ. 

    އަލީ ރަމީޒޫ މަނިއްގަނޑާއެވެ. މިއީ ދިވެހި ރާއްޖެއެވެ. މިތާ އުޅެނީ ދިވެހިންނެވެ. އަޅެ އެބުނާ ދިވެހީންގެރާއްޖެ އެއް އޮތީ ކޮންތާކު ހެއްޔެވެ. އެކިޔާ ދިވެހިހްގެ ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ މީހުން ނޫޅޭކަމަށް ވެދާނެއެވެ. ދިވެހި ރާއްޖޭގައި ތިޔަ ބުނާ ބަޔަކު އުޅެއެވެ. ދިވެހި ރާއްޖޭގައި އުޅެނިއްޔަކީ ފުރައްސާރަ ކުރާ މީހުން އެކަންޏެއް ނޫނެވެ. ދީނުގެ ނަމުގައި ހައްދުފަހަނަ އެޅި މީހުންވެސް އެހާމެ ގިނައެވެ. 

    ޑރ. މުއިއްޒު ރައީސްކަން ކުރަނީ ދިވެހި ރާއްޖޭގައެވެ. އޭނާ އިންތިހާބު ކުރީވެސް ދިވެހި ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން ބަޔަކު މީހުންނެވެ. އޭގެ ތެރޭގައި އަލީ ރަމީޒު ވެސް ހިމެނޭ ނޫން ހެއްޔެވެ. ފަޔަށް ހިނި އަރައިގެން އުޅުނު އިރު އަލީ ރަމީޒު ވެސް ހީކުރީ ލައްކަ މޮޅުތަކެއް ވާނެކަމަށެވެ. ފާޅުގައި ދީނަށް ފުރައްސާރަކޮށްފައި ތިބި ބަޔަކަށް މި ސަރުކާރުން މަތީ މަގާމު ދޭތީ މިހާރަކު ދެން އުޅޭކަށް ތާހިރެއް ނޫނެވެ.

    ޑރ. މުއިއްޒު ރައީސްކަމަށް ހޮވަން ވޯޓުދިން އިރު ސަލާމަތް ބުއްދި ނެތީހެއްޔެވެ. އޭނާ އެކު އުޅުނު މީހުނެއް ނުދެކެން ހެއްޔެވެ. ވަށަފަރު ޝޭހާއި ޖަނާބު ޝޭހު ދުނިޔޭގައި ނެތްކަމެއް ނޭނގޭ ހެއްޔެވެ. އޭނާ އެކު އުޅުނީ ކޮންބަޔަކާއެކު ކީއްކުރަން ކަމެއް ނޭނގޭ ހެއްޔެވެ. އޭނާ ތައުލީމު ހޯދީ ކޮންތާކުން ކަމެއް ނޭނގޭ ހެއްޔެވެ. މިއީ ސަލަފުއް ސާލިހުންގެ ޒަމާން ނޫންކަމާއި ސަލަފީންނަށް ދައުލަތުގެ ކުޑަވެސް ބާރެއްދީގެން ބަވަނަވެތި މިދުނިޔޭގައި ވެރިކަމެއް ކުރުމަކީ ވެވޭނެ ކަމެއް ނޫންކަމެއް ނޭނގޭ ހެއްޔެވެ. 

    ކުރިން ވެރިކަމުގައި ހުރި މީހާއަކީ މުޖުރިމަކަށް ހަދާ ވެރިމީހާއާއި ދެކޮޅަށް ބަގާވާތް ހުއްދަކޮށް ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދީ ލާދީނީ މީހުންގެ ސަރުކާރެކޭ ގޮވަމުން ނޫންހެއްޔެވެ. ދޮގު ތުހުމަތުތަކާ ކުށްހީގެ މައްޗަށް ބިނާކޮށް ދީނުގެ ނަމުގައި ރާއްޖެ ފަސާދަކުރީ ކަލޭމެން ނޫންހެއްޔެވެ. ޝޭހުންގެ ދަރި އަތުގައި ހިފައިގެން ދީނޭ ގައުމޭ ސިޔާދަތޭ ގޮވަމުން ދުވީ ކުޑަކުޑަ ބާރު ކޮޅެއް އަތުގައި އޮތް އިރުވެސް ތުހުމަތު ކުރެވުނުހާ ވައްކަމާއި ހިޔާނާތާއި ރިޝްވަތާ މުއިއްޒުވެފައި އޮތް އައު ސަހަރާ ނުފެންނަ ވަރަށް ކަނު ބަނދެވިގެން ތިބެގެން ނޫން ހެއްޔެވެ.

    އަލީ ރަމީޒޫއެވެ. ތިޔަހުރެ ކަންކަން ފެންނަން ފެށީއެވެ. އަދި ކުރިއަށް އޮތީއެވެ. ވެރިކަމަށް އެއުޅެނީ އެންމެ ފޮޔެއްހާ ދުވަސް ވެސް ހަމަނުވެއެވެ. ލޯ ހުޅުވައިގެން މުއިއްޒު ސަރުކާރުގެ މަތިފަޑި ބަލައިލަ ބަލާށެވެ. އެއިން ކޮންމެ މީހެއްގެ ވަނަވަރާ އުޅުމާ ގުޅުންތައް ހުރި ނެތްގޮތް ބަލައިލަ ބަލާށެވެ. ސިޔާސަތު އެކަށައަޅާ ސިޔާސަތު ތަންފީޒު ކުރަން ތިބީ ކޮންބައެއްކަމާއި އެމީހުނަށް ދީނަށް ނަސްރު ދެވޭނީ ކިހިނެއް ކޮން ފެންވަރެއްގައި ކަން ސާފުވާނެއެވެ. 

    އިސްލާމީ ކަންތަކާ ބެހެން ލާފައި އެހުރި ވަޒީރަށް މިހާރުވެސް ވިޔަފާރި ނޫން އެއްޗެއް އެބަފެނޭ ހެއްޔެވެ. ރާއްޖޭގައި ތަންފީޒު ކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކާ އުސޫލުތަކުގައި ހުރި ލާދީނީކަން ކަނޑުވަން އެއްވެސް ކަމެއް ކުރަން އުޅޭ ވާހަކަ އެބަ ދައްކާހެއްޔެވެ. ގިސާސް ހިފުން ފަދަ ބޮޑެތިބޮޑެތި ކަންކަމާ ހަމަޔަށް ފުރަތަމަ ދުވަހުން ނުދެވުނަސް މުޅި ނިޒާމުގައި ކުޑަކުޑަ ބަދަލަކުން ރަނގަޅު ކޮށްލެވެން ހުރި ކަންކަމުގެ ވާހަކަވެސް ކުޑަމިނުން ނުދައްކައެވެ. ޒަތްޒާތުގެ ފަންޑާއި ކޯޓާގެ ވާހަކަ ނޫން ވާހަކައެއް އެ ފަކީރުވެސް ނުދައްކައެވެ. ތައުލީމީ ވަޒީރަށް ވެސް ބޮޑުވީ ދިރާސީ އަހަރު ފެށޭ ދުވަހެވެ. ދެން އެނގެނީ ފައިސާ ފައިސާއޭ ކިޔާށެވެ.

    ޑރ. އިޔާޒުމެންނަށް ވުރެ އަލީ ރަމީޒުމެން އިލްމުވެރިކަމަށް ބޮޑުވެ ހިތުން މޮޅުވާން އުޅެން ހަދައިގެން ތިޔަ ގޮވީ އަތަށެވެ. ކިތަންމެ ވަރަކަށް ބްލޮކް ކުރިޔަސް އަތްއަޅާ ފޮރުވޭނީ އަތްތިލައިން ނިވައިވާހާ ތަނެވެ. ރާއްޖެ ދޮށްޓެއް ދާނީ އޮތް ބަޅަށެވެ. ވަކި މޮޅުތަކެއް ނުވާނެއެވެ.  

    ]]>
    Sun, 26 Nov 2023 18:31:47 +0500 ހީރަސްނިއުސް
    ރާއްޖޭން ބޭރުގައި ފަނޑިޔާރުންނާ ރައީސްގެ ބައްދަލުވުމެއް؟! https://heerasnews.com/2036 https://heerasnews.com/2036 ދެން އޮތީ ކެމްޕޭނުގައި ރައީސް މުއިއްޒު މަންޒަރު ދެއްކެވި ގޮތަށް ރައީސް ޔާމީނަށް ކޮށްފައިވަނީ "ހަރާމް ހުކުމެއް"ތޯ ނުވަތަ ނޫންތޯ ކަނޑައަޅާ އިސްތިއުނާފީ ހުކުމެވެ.

    ރައީސް ޔާމީނަށް ކޮށްފައިވަނީ "ހަރާމް ޙުކުމެއް" ކަމަށް ބުނި މީހުންގެ ކުރީ ސަފުގައި ރައީސް މުއިއްޒު ހުންނެވުމަކީ އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގަތް އެއް ސަބަބެވެ. 

    ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވީ ނޮވެމްބަރ17 އާއި ޖެހެންދެން އެ ހުކުމުގައި ރައީސް ޔާމީން ހުންނެވިއްޔާ ހުންނަވާނީ އޭރު އޮތް ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތީ ކަމަށެވެ. ދެން އައީ 17 ނޮވެމްބަރެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ.

    އަޖައިބެކެވެ. 17 ނޮވެމްބަރާ ހަމައަށް އެ ވިދާޅުވި ނުފޫޒު ފޯރުވި ހުކުމުގައި ހުންނެވި ރައީސް ޔާމީން، ނުފޫޒު ފޯރުވުން ސަރުކާރުން ނިންމާލީމާ އަދިވެސް އެހުރީ ހުކުމުގައެވެ.

    މުޢުތަބަރު ނޫން އަޑުތައް އިވޭ ގޮތުން، ރައީސް މުއިއްޒު މެދުއިރުމައްޗަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ހަވާސާގައި ނުރަސްމީ ގޮތުން ބައްދަލު ކުރައްވަން ޖުޑިޝަރީގެ ބައެއް ބޭފުޅުން ރާއްޖޭން ބޭރަށް އެބަ ވަޑައިގަނެޔޯލައެވެ.

    ކުރިއަށް އޮތީ ކުރިން ބުނި އެތި ކެންސަލްވެ ހަގީގަތުގައި ވެސް ރައީސް ޔާމީނަށް ކޮށްފައިވަނީ ޙަލާލު ހުކުމަކަށް ވުމާ ނުވުމުގެ ހުކުމެވެ.

    ނިންމާލަމުން ބުނެލަން އޮތީ އެއް ވާހަކައެކެވެ. ވެރިކަން ހޯދުމަށްޓަކާ ދައްކާ ވާހަކައާއި ހަދާ ދޮގާއި ފިތުނަ ވެރިކަން ލިބުމުން ކުރާ ކަންތަކާ ދިމާވުމަކީ ދުރު ކަމެކެވެ. ގައުމާ ވަތަނާ ދީނާ އޭމިހިރަ ދިދަޔާއޭ ކިޔައިގެން ކުޅޭ ޑްރާމާއަކީ ގިނަ ފަހަރަށް އެއްވެސް ހަގީގަތެއް ނެތި ވޯޓު ހޯދަން ހަދާ ޙީލަތެވެ.

    ]]>
    Wed, 22 Nov 2023 17:04:48 +0500 ހީރަސްނިއުސް
    އިންޑިއާއިން އެންގީމާ ބިރުން މުއިއްޒު ނުކުރާނެ! https://heerasnews.com/2022 https://heerasnews.com/2022 އިންޑިއާއިން ކޯފުއްޕާ ދެބުމަ ގޮއްޖަހާ ލޯބޮޑުކޮށްލީމާ އިހަވަންދިއްޕޮޅުގެ ޓްރާންޝިޕްމެންޓް ޕޯރޓްގެ ޓީ ކިޔަންވެސް ރައީސް މުޢިއްޒަކަށް ލާހިކު ކުޅަދާނަ އެއް ނޫނެވެ. އެކަމުގަައި ފިޔަން ޖަހަންވެގެން، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިި  ހައްދުންމަތީ ގާދޫގައި ބައިނަލް އަގްވާމީ ބަންކަރިން ޚިދުމަތް ދިނުމުގެ މަސައްކަތް ފައްޓަވަނީ ޔޯލައެވެ.

    މަސްރޯނު ބޮއްޔާ ރަތްގަލާ ކުފްރާގެ މައްޗަށް ބިނާވެފަައި އޮތް ޒަމާންވީ ދިވެހި އިގްތިޞޯދު ފަތުރުވެރިކަމަށް ބަދަލުވި ފަހުން 50 އަހަރުވީއެވެ. އެއިން ލިބުނު ކުރިއެރުމާ ފާގަތިކަން ދެކޭން ތިބޭތާ 50 އަހަރުވީ އިރު ފެންނަ ބަދަލުނުވާ ހަގީގަތެއް ވެއެވެ. އެއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ނާޒުކު ކަމެވެ. ހަނގުރާމައެއް ނުވަތަ ރޯގާއެއް ފެށުމާ އެކު ފަތުރުވެރިކަމަށް އަރާ ބޮޑު ލޮޅުމެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ޚަރަދު ހަމަޖެއްސުމާ ތަރައްގީގެ މަސައްކަތްތަށް ހިންގުމަށް އަބަދު ވެސް ތިބެން މިޖެހެނީ ބޭރު ގައުމުތަކަށް ސަލާމުގެ ނާށިގަނޑު ދިއްކޮއްގެންނެވެ.

    ރާއްޖެއޮތް ގުދުރަތީ މަންޒިލަކީ މާބޮޑު ނަފާވެރިކަމާ، އިގްތިޞޯދީ ކުރިއެރުން ހޯދޭނެ ތަނެކެވެ. ދުނިޔޭގެ ދެބައި ދަނޑީގައި އިރާ ހުޅަނގަށް މެދުވާ ތަނުގައި ރާއްޖެ އޮވެގެން ނެގެން އޮތް ކިތަންމެ އެޑްވާންޓޭޖެއް އަދި އަދަށް ވެސް ނަގާނެ ސަރުކާރެއް ނާދެއެވެ.

    ބަައިނަލް އަގްވާމީ ބަންކަރިންއާއި އިންޓަރނޭޝަނަލް ޓްރާންޝިޕްމެންޓް ޕޯރޓްގެ ޚިދުމަތް ދޭން ބަލާނަމަ ރާއްޖެ މިއޮތީ މާލެއަކީ ދުނިޔެނަމަ، މަޖީދީމަގާ ޗާނދަނީ މަގު ޖަންކްޝަން ފަދަ އެންމެ ޕްރައިމް ލޮކޭޝަން ގައެވެ. ނަމަވެސް އެތަނުގަައި ފަޅު ގޯއްޗެއް އޮތުމެކޭ ރާއްޖެ މިހާރު މިއޮތް ގޮތެކޭ ތަފާތެއް ނެތެވެ. އެއްވެސް ވިޔަފާރީގެ ހަރަކާތެއް ނެތިފަޅުވެ ވިނަބޯވެ ވާވަދެފައި އޮތް ގޯއްޗެކެވެ.

    އިހަވަންދިއްޕޮޅުގެ ޓްރާންޝިޕްމެންޓާ ގުޅޭ މަސައްކަތް ތަކުގައި ގަތަރާ އެކު މިހާރު އޮތް ހިސާބުން ކުރިއަށް ހިނގައްޖެ ނަމަ ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ސަރުކާރު ރާއްޖޭގެ އިގްތިޞޯދީ މިނިވަންކަމުގެ ފުރާޅު ހިޔާ ކުރީ ކަމުގަައި ވާނެއެވެ.

    ދެންއޮތީ އޭގެ އަނެއް ކޮޅެވެ. މިހާރު އޮތް ތަނުން ނުފަށާ ހުރިހާ ކަމެއް ކުރީ ތިމަންމެން ކަމުގަައި ހެދެންވެގެން އަލުން އާބަޔަކާ އެކު މަޝްވަރާ ފަށާ، ހަރުތާކު ނުޖެހި ވެރިކަން ނިމުމެވެ.

    2003 ން ފެށިގެން އުފެދުނުހާ ސަރުކާރަކުން މި މަޝްރޫޢު އަލަށްފަށަން އުޅެން ހަދައިގެން ވީކަމެއް ނެތެވެ. އެއްބަޔަކު ހުއްޓި ހިސާބުން ފަށައިފިއްޔާ ދެރަވެދާނެތީ އަލަށް ފަށަން އުޅެގެން ދުވަހަކު ނުވެއް ފެށުނެވެ. ހަގީގަތުގައި މިވާގޮތަކީ ކުރަން ނުކެރެނީއެވެ. ކޮންމެ 5 އަހަރަކުމެ ހާވަހާވާފައި ބާއްވަނީއެވެ.

    ކަން މިހެން އޮތްއިރު، ރާއްޖެއަށް މިނިވަންކަމާ އިސްލާމް ދީން ގެނެސްދިނީ ތިމާކަށް ހެދެން އެކަކުވެސް އުޅޭނެ ކަމެއް ނެތެވެ. ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާ ކުރަންޏާ ކުރާށެވެ. ނުކުރަންޏާ ފެއްސޭށެވެ.

    ]]>
    Sun, 19 Nov 2023 09:26:34 +0500 ހީރަސްނިއުސް
    ރައީސް މުއިއްޒު ވެރިކަން ފެއްޓެވީ ދަރަނީގެ ބަހަނައިން https://heerasnews.com/2014 https://heerasnews.com/2014 ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ މިއަދު ހަވާލުވެވަޑައިގަތީ ދަރަނީގެ ބަހަނާ ދައްކަވަމުންނެވެ. ރާއްޖޭގެ ދަރަނި 119 ބިލިއަން ރުފިޔާއަށް އަރާފައި ވާކަމަށް ގައުމާ މުހާތަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ދެއްވި ތަގުރީރުގައި ވެސް ވިދާޅުވިއެވެ. އެންމެ ކުރިންވެސް ބޮޑު ދަރަންޏެއްގެ ވާހަކަ ދައްކަވަން ފެއްޓެވީ ރައްޔިތުންނަށް ވެވަޑައިގެން ވައުދުތައް ފުއްދަވާ ނުދެއްވުމުގެ ބަހަނާއެއްގެ ގޮތުގައިތޯއެވެ. 

    ވެރިކަމާ ހަވަލުވެ ވަޑައިގަންނަވަން ކަށީގެ މަދު ނަންގަވައިގެން އުޅުއްވީ ދަރަނި އޮއްވާ ނޫންތޯއެވެ. ބިލިޔަން ބިލިޔަނުން ދަރަނި އޮއްވާ ވެރިކަމާ ހަވާލުވެ ވަޑައިގަތީ އެ ދަރަނިތައް އަދާކުރެއްވޭނެތީ ނޫންތޯއެވެ. ދެން ޖެހި ވަޑައިގަންނަވާނީ ދަރަނިތައް އަދާކުރައްވަން އުޅުއްވާށެވެ. އެހެނެކޭ ކިޔާ ރައްޔިތުންނަށް ދެއްވަން ޖެހޭ އެއްވެސް ހިދުމަތެއް ނުދެއްވައެއް ނުވާނެއެވެ. ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވައެއްވެސް ނުވާނެއެވެ. ކަންކަން ނުކޮށް ދެއްވުމުގެ ބަހަނާއަކަށް ދަރަނީގެ ވާހަކަ ދައްކަވައިގެން ދެކޮޅެއް ނުޖެއްސެވޭނެއެވެ. 

    ދިވެހި ތާރީހު ދުށް ބޮޑު ދަރަންޏޭ ވިދާޅުވެ އަނގަފުޅު ހުޅުއްވަން ކެރި ވަޑައިގަތީތީ ހައިރާނެއް ނުވެއެވެ. ނިމި ދިޔަ ފަސް އަހަރަކީ މުޅި ދުނިޔެއަށް ފަހުގެ ތާރީހެއްގައި އެންމެ ބޮޑު އާލަމީ ވަބާ ކުރިމަތިވީ ފަސް އަހަރުކަން ހަނދުމަފުޅެއް ނެތް ދޮގެއްތޯއެވެ. މުޅި ދުނިޔޭގެ އިގްތިސާދީ ހަރަކާތް ހުއްޓި އެއްވެސް އާމްދަނީއެއް ނުލިބި ދެއަހަރު ދުވަސް ދިޔަކަން ދެނެވަޑައިގެން ނެތިން ދޮގެއްތޯއެވެ. 

    އަތުގައި އޮތް އެއްޗެއް ކައިބޮއެގެން ފުރާނަ ސަލާމަތްކުރުން ނޫން ގޮތެއް ނެތިފައި ފުރަބަންދުވެ ތިބިކަން ހަނދުމަފުޅު ވޭތޯއެވެ. ފުރާނަ ސަލާމަތްކޮށްގެން ދިރި ތިބެވުނު ކަމަށްޓަކާވެސް ޝުކުރު ކުރައްވަން އެނގިވަޑައެއް ނުގެން ދޮގެއްތޯއެވެ. 

    ދުނިޔެ ހެއްދެވީއްސުރެ ނަޖިސްފެނުން ފެންވަރައިގެން ނުތާހިރު ފެން ބޮއެގެން ލަފާފުރޭނެ ގޮތެއް ނެތިފައި ރާއްޖޭގެ ގިނަ ރައްޔިތުން ތިއްބާ އެކަމުން ރައްޔިތުން މިންޖުކުރުމަށް ނިމިދިޔަ ފަސް އަހަރު ސަރުކާރުން ކުރިހާ ކަންކަމަކީ ނުކުރާކަމަކަށް ނުވާނެ ނޫންތޯއެވެ. ބަލިމީހަކަށް އައިވީދޭހެން ރަށްރަށުގައި ލިބުނު ކަރަންޓް ބޭނުން ވަރަކަށް ލިބޭނެހެން ކަރަންޓްގެ ނިޒާމް ރަނގަޅުކުރެވިފައި އޮތްތަނެއް ފެނިވަޑައެއް ނުގަންނަވާ ދޮގެއްތޯއެވެ. 

    ކޮވިޑްގެ ވަބާ ކުރިމަތިވީ އިރު އޮތް ހާލަތަށް 3 އަހަރުތެރޭގައި ގައުމުނަގާ ކޮޅައް ޖެއްސެވީ ތިޔަ ބޭފުޅުން ގައުމު ބަނޑަށް ނުޖެހިގެން އޭތި މީތި ކިޔުއްވާ ދަތި އުނދަގޫތައް ކުރައްވަމުން ގެންދަވިކޮށް ކަން އެނގިވަޑައި ގަންނަވާ ކަމަކަށް ނުވާނެއެވެ. ގައުމު ދަރަނި ވެރިވެގެން ގައުމު މެނޭޖު ނުކުރެއްވިގެން ނިމިދިޔަ ސަރުކާރަކުން ނޫޅެއެވެ. ދެއްކެވުނުހާ ފިތުނަވެރި ވާހަކައެއް ދައްކަވާ ރައްޔިތުން ބިރުގަންނަވައިގެން ވެރިކަން ހޯއްދެވީ ތިޔަ ވިދާޅުވާ ބޮޑު ދަރަނި އަދާކުރައްވަން ނޫންތޯއެވެ. ދަރަނީގެ ބަހަނާ ނުދައްކަވާ ދެންވެސް 5 އަހަރު ހެޔޮވެރިކަމެއް ކޮށްދެއްވޭތޯ އުޅުއްވަ ބައްލަވާށެވެ. 

    ]]>
    Fri, 17 Nov 2023 19:49:32 +0500 ހީރަސްނިއުސް
    ޖަލުހުކުމް ލުއިކޮށް މިނިވަންކުރުމަކީ އިންސާނީ ހައްގު ގެއްލުން؟ https://heerasnews.com/2011 https://heerasnews.com/2011 ބަންދެއްގައި ތިބި ބަޔަކު ދޫކޮށްލައިގެން ކަންބޮޑުވެ ހާސްވެ ފަޔަށް ހިނިއަރައިގެން އުޅުނު ހިއުމަން ރައިޓްސް ކޮމިޝަނެއް ދުނިޔޭގެ ތާކުން ނުދެކެވެ. އިންސާނީ ހައްގަށް މަސައްކަތް ކުރާމީހުން އުޅޭތަން ފެންނަނީ ކިތަންމެ ބޮޑު ކުށްވެރިއެއް ނަމަވެސް މިނިވަންކޮށް ދޫކޮށް ނުލައިގެންނެވެ. ހައްގަކާނުލާ އަނިޔާވެރި ކަމާއެކު މީހަކު މަރާފައި ހުރި މީހަކު މަރާލުމަކަށް ވެސް އިންސާނީ ހައްގަށް މަސައްކަތްކުރާ މީހުން އެއްބަހެއް ނުވެއެވެ. 

    ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަކީ އެކަމަކުވާ ހާދަ ފާޑެއްގެ ތަނެކެވެ. އެ މީހުން ކަންތައް ބޮޑުވީ ޖަލު ބަންދުގައި ތިބި ދެމީހަކަށް މާފުކޮށް ދިނުމާ އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ލުއިދީ މާފުދީ ދޫކޮށްލައިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްލާ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ މިނިވަންކުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަން ބަލައިގަންނަ ކަމަކަށް ނުވެއެވެ. 

    ރާއްޖޭގެ ހިއުމަން ރައިޓްސް ކަމިޝަންގެ މޭންޑޭޓް ބަދަލުވީ ހެއްޔެވެ. އަދީބާއި ޒިޔަތު ދޫކޮށް ލުމަކީ ރައީސް ސޯލިހު ޒީރޯ-ޓޮލަރެންސް ސިޔާސަތާ މުޅިން ހިލާފުވުން ކަމަށް އެޗްއާރުސީއެމުން ކަނޑައަޅައިފިއެވެ. އަހުމަދު އަދީބާއި އަބްދުއްލާ ޒިޔަތުގެ ޖަލު ހުކުން ލުއިކޮށްދީ މިނިވަންކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ގެންގުޅު ސިޔާސަތަށް އެޅުނު ހުރަހެއް ކަމަށް ހިއުމަންރައިޓް ކޮމިޝަނުން ބުނެފިއެވެ. ކޮރަޕްޝަނާ ފަސާދަ ނައްތާލުމުގެ މަސައްކަތަކީ ހިއުމަން ރައިޓްސް ކަމިޝަނުގެ ކަމަކަށް ވީހެއްޔެވެ.

    އަދީބާއި ޒިޔަތު ގެ އަދަބު ލުއިކޮށްދީ މިނިވަން ކުރުމުން އިންސާނީ ހައްގެއް ގެއްލުނީ ކާކުގެ ހެއްޔެވެ. ކޮރަޕްޝަން މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް ފިޔަވަޅު އަޅަން ނުކުޅެދިފައިވާ ކަމަށް ހިއުމަން ރައިޓްސް ކަމިޝަނުން ބުނީ ކޮންކަމެއް ކިހިނެތް ބަލާ ތަހުގީގް ކޮށްގެން ހެއްޔެވެ. ކޮރަޕްޝަން މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި މަންޒަރު ބަދަލުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކަމިޝަނަށް އެނގުނީ ކިހިނެއް ހެއްޔެވެ. އަމްދުން  އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި މަންޒަރު އޮތީ ދިމާ އިދިކޮޅަށް ކަމަށް ބުނީ ކޮން އަސާސެއްގެ މައްޗަށް ހެއްޔެވެ. 

    އިދިކޮޅު ސިޔާސީ ޕާޓީއަކުން ދައްކާ ޒާތުގެ ވާހަކަ ބަޔާން ނެރެގެން ދައްކަނީ ކާކު ރުއްސަން ކަމަށް ހެއްޔެވެ. ޓްރާންސިޝަން ޕީރިއަޑްގައި އައު ސަރުކާރުގެ ރުހުން ހޯދައިގެން މަގާމު ކަށަވަރުކުރުމުގެ އުންމީދު މާބޮޑީތާއެވެ. އެކޮޅު މިކޮޅު ނުބަލާ ފަޔަށް ހިނި އަރައިގެން ތެޅިގަންނައިރު މަގާމު ކަށަވަރު ކޮށްދެވޭނީ ރައީސުލްޖުމްހޫރިއްޔާއަށް ނޫންކަން ހަނދާނެއް ނެތް ދޯއެވެ.

    ބުނަން ހެއްޔެވެ. ކޮރަޕްޝަނާ ފަސާދައިގެ ކަންކަން ބަލާ ފިޔަވަޅު އަޅަން ހާއްސަ ވެފައިވާ މުއައްސަސާތައް ރާއްޖޭގއި އެބަހުއްޓެވެ. ހިއުމަން ރައީޓްސް ކަމިޝަނަކީ އެ މުއައްސަސާއެއް ނޫނެވެ.

    ]]>
    Thu, 16 Nov 2023 18:35:53 +0500 ހީރަސްނިއުސް
    ބަޖެޓް ހުށަހަޅާފައި އޮތީ ގާނޫނާ ހިލާފަށް: އަލީ ހުސައިން https://heerasnews.com/2005 https://heerasnews.com/2005 ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށްފަހު ބަޖެޓު ހުށަހެޅުމަށް ކެންދޫ ދާއިރާގެ މެންބަރ އަލްއުސްތާޒު އަލީ ހުސައިން ގޮވާލައްއވައިފިއެވެ. ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށްފަހު ބަޖެޓު ހުށަހެޅުމަށް ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގައި ބުނެފައިވާކަމަށް އަލީ ވިދާޅުވިއެވެ.

    މެންބަރު އަލީހުސައިން މަޖިލީހުގެ ތަޅުމުގައި ނެންގެވި ނިޒާމީ ނުކުތާއެއްގައި ވިދާޅުވީ މިއަދު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަންނަ އަހަރަށް ފާސްކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ޤާނޫނާއި ހިލާފަށް ހުށަހަޅާފައިވާ ބަޖެޓެއްކަމަށެވެ. މިގޮތައް ފިނޭންސް މިނިސްޓްރީން ކަން ކުރައްވާތާ 10 އަހަރު ވެފައިވާކަމަށް ކެންދޫ ދާއިރާގެ މެންބަރު ފާހަގަކުރެއްވިއެވެ.

    މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގަތީ އައު ރައީސުލްޖުމްހޫރިއްޔާއަކު އާ ދައުރެއް ފައްޓަވާތީއާއި މަޖިލިސްގައި ވެސް އައު ރައީސެއް އިންނެވުމުން ބަޖެޓު ވެސް އަލުން އިސްލާހުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. މިހާރު ހުށަހަޅާފައިވާ ބަޖެޓް އަލުން ފިނޭންސްއަށް ފޮނުވައިގެން އަލަށް ހަވާލުވާ ސަރުކާރު ހުވާ ކުރުމަށްފަހު ޤާނޫނުގައިވާ ގޮތައް އަލުން ބަޖެޓް މަޖިލީހަށް ހުށަހެޅުމަށް އަލްއުސްތާޒް އަލީހުސައިން ވިދާޅުވިއެވެ.

    ]]>
    Tue, 14 Nov 2023 14:53:03 +0500 ހީރަސްނިއުސް
    3 ބާރުން 1 ބާރު އައްޑޫއަށް! https://heerasnews.com/2002 https://heerasnews.com/2002 ރައީސް މައުމޫންގެ ދިގު 30 އަހަރުގެ އަނިޔާއާއި ބޭއިންސާފުން ރާއްޖެ ވީއްލި ގަތުމުގެ އިސް ސަފަށް އެރި ދިވެހިން އެންމެ ގިނަ އެއް ތަނަކީ އައްޑޫއެވެ. ރާއްޖޭގެ ވެރިކަމުގެ ވަސްފޯރާ ފަށަށް އައްޑުއަށް ނިސްބަތްވާ ބޭފުޅަކު ގާތްވިޔަ ނުދިނުމުގެ ނިޔަތް މާލޭގެ ބޮޑުންގެ މެދުގައި އަބަދުވެސް އޮތެވެ.

    2008ގެ ގާނޫނު އަސާސީ އުފަންވެ 3 ބާރު ވަކިވީފަހުން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ވެރިކަމަށް އައްޑޫ ދަރިއަކަށް އާދެވިފައެއް ނުވެއެވެ. އަޔަކަނުވެސް ދެއެވެ. ފަނޑިޔާރުގެ ނޫން ބާރެއްގެ ވެރިއަކަށް އައްޑޫ މީހަކު ކަމަކުނުދެއޭ ބުނާކަހަލައެވެ.

    އެމްޑީޕީ ވުޖޫދުވެ ޑިމޮކްރަސީއަށް ރާއްޖެ ފުރޮޅި ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމުގައި ކަށިތަށް މުގުރި ހަށިތަށް ހަފުސްކުރުމުގެ އެންމެ ކުރިއަށް ނުކުތް މީހުންގެ ތެރޭގައި ވެސް އައްޑޫ މީހުން ގިނައެވެ. ބަހާ އަމަލާ ޖާނާ މާލުން ބަޔަކު ގުރްބާން ވިއްޔާ އެބަޔަކީ އައްޑޫ ރައްޔިތުންނެވެ.

    އެހެން ނަމަވެސް ތަފާތެވެ. އެމްޑީޕީގެ މަތިފަޑީގައި އައްޑޫއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކަށް މާކަ ގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވެއެވެ. ޑރ. މުނައްވަރާއި ޑރ. ޑީޑީ އާއި އަލްހާން ފަހުމީ ނޫނަސް އައްޑޫއަށް ނިސްބަތްވި ކޮންމެ ބޭފުޅަކު ހުރީ ކޮންމެވެސް ގޮތަކުން އޮބަހެއްޓި ބޭރުކުރެވިފައެވެ.

    ހިނގަމުން މިދާ 19 ވަނަ މަޖިލީހުގެ ރިޔާސަތަށް ފުރަތަމަވެސް ހިތަދޫ މުޙަންމަދު އަސްލަމް ހޮވާނެ ކަމުގެ ދަޅަ ފަހު ވަގުތާ ހަމައަށް ދެއްކިއެވެ. ނަމަވެސް ފަހު ވަގުތު އެގޮނޑިއަށް އަރާ ވަޑައިގަތީ ރައީސް ނަޝީދެވެ.

    އެމްޑީޕީގެ 2 ވަނަ ދައުރު ގެއްލި ރައީސް ޞޯލިޙް ވޯޓުން ބަލިކުރުމުގެ މާސްޓަރ މައިންޑަކީ ވެސް ރައީސް ނަޝީދެވެ. އެކުގައި ތިބި ނަމަ މިފެށޭ ރިޔާސީ އައު ދައުރަކީ ވެސް އެމްޑީޕީ ވެރިކަމުގައި އޮންނާނެ ދައުރެކެވެ.

    ވީގޮތަކުން އެމްޑީޕީ ބަލި ކުރެއްވުމަށް ފަހު ރައީސް ނަޝީދަށް މަޖިލިސް ރިޔާސަތަކު ނުއިންނެވުނެވެ. މަޖްބޫރުވެވަޑައިގެން އިސްތިއުފާ ދެއްވިތާ މަދު ގަޑިތަކެއްގެ  ފަހުން މަޖިލިސްގެ ރިޔާސަތަށް އިންތިޚާބު އެވީ އަސްލަމެވެ.

    ޑިމޮކްރަސީއާ އެމްޑީޕީ އަށްޓަކާ އައްޑޫ ރައްޔިތުންވީ ގުރްބާނީގެ ދިގުލީ އިންތިޒާރަށް ކޮންމެވެސް ވަރެއްގެ ނިމުމެއް އައީއެވެ. 

    ދައުލަތް ހިންގުމުގެ 3 ބާރުން ކުރެ ގާނޫނު ހަދާ މަޖިލިހުގެ ރިޔާސަތު އައްޑޫއަށް ލިބުނީއެވެ. އިސްވެ ބުނެވުނުހެން މީގެ ކުރިން އައްޑޫއަށް ނިސްބަތްވާ ބައެއް ބޭފުޅުން އުއްތަމަ ފަނޑިޔާރުކަން ކުރެއްވިއެވެ. ނަމަވެސް އެއީ އެމްޑީޕީގެ މުތުލަގް ނިންމުން ތަކަށްވުރެ ދުރު، ޕީޕީއެމްގެ ފްރިކްއެންސީގައި އޮޕަރޭޓް ކުރެއްވި ބޭފުޅުންނެވެ.

    އެމްޑީޕީގެ ވެރިކަން ނިމި އިތުރު ކުޑަދުވަސް ކޮޅަކަށް މަޖިލިސް ރިޔާސަތު ލިބުމަކީ އެމްޑީޕީއަށް މަރުދޭ އައްޑޫ ރައްޔިތުންނަށް ކުޑަކުޑަ ކަމެއްނޫނެއެވެ.

    ]]>
    Tue, 14 Nov 2023 10:28:51 +0500 ހީރަސްނިއުސް
    ދައުރެއް ހަމަނުކުރެވޭ ނަޝީދު https://heerasnews.com/2000 https://heerasnews.com/2000 ކެނެރީގޭ މުހައްމަދު ނަޝީދަށް އިތުބާރުކޮށް ހަވާލުކުރާ އިންތިހާބީ އެއްވެސް މަގާމެއްގައި އޭނާއަށް ދައުރެއް ހަމައެއް ނުކުރެވެއެވެ. އޭނާގެ އުޅުމާ ގުޅުން ހުންނަ ގޮތުން އޭނާއަށް މަގާމު ދޫކޮށްލަން މަޖުބޫރުވެއެވެ. އަމިއްލަ ގޮތް ބޮޑުވެ ހަމަލަމަ ދޫކޮށްލުމުން އޭނާއަށް އެންމެ ފަހުން ޖެހެނީ މަގާމާ ދުރަށްދާށެވެ. 

    މާލޭ ރައްޔިތުން އޭނާއަށް އިތުބާރުކޮށް ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމަށް ހޮވިއެވެ. ބޭނޭ ނާޅިހެދިގެން އުޅެން ހަދައިގެން އެއްވެސް ތާކުން ތާކު ނުޖެހޭ ކަމެއްގައި ވައްކަމުގެ ކުށް ސާބިތުވެ މަޖިލީހުގެ މެންބަރުކަމުން ވަކިވާން ޖެހުނެވެ. މަވަރުގެ ގަދަ މީހަކު ނެތިގެން އުޅެން ހަދައިގެނެވެ. 

    ރާއްޖެ މަލްޓިޕާޓީ ޑިމޮކްރަސީއަށް ހުޅުވިގެން ދިޔަވަގުތު ރައްޔިތުން ރާއްޖޭގެ ރައީސް ކަމަށް އިސްކުރީ ކެނެރީގޭ ނަޝީދެވެ. ގައުމު ހަމަ މަގަށް އަޅުވާ ޑިމޮކްރަސީ ފައްކާކުރަން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ ނުބައި ނުލަފާކަން ދެއްކުމަށެވެ. ރައްޔިތުންގެ ރޫހާ ދެކޮޅަށް ހިތުހުރި ގޮތަކަށް ކަންތައް ކުރުމުގެ ނަތީޖާއަކަށްވީ ރައީސްކަމުން އިސްތިއުފާ ދޭން މަޖުބޫރުވުމެވެ. އޭނާގެ ނޭއްގާނި ކަމުގެ ސަބަބުން އޭނަޔައިގެން މަރުދިން އެންމެން ހަތް އަހަރަށް މަގުމަތިކޮށްލީ އަމިއްލަ ގޮތް ކުރިއަށް ނެރެގެންނެވެ. 

    ސިޔާސީ ބާރުވެރިކަން ހޯދާދިން ޕާޓީއާއި މީހުން ދޫކޮށް ވެރިކަމުގެ ދަހިވެތި ކަމުގައި ތެޅެފޮޅެ ގަތްގަތީނުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދޫކޮށްލަން ޖެހުނީއެވެ. އިތުބާރުނެތް މީހެއްގެ ގޮތުގައި ވޯޓުނަގާ މަގާމުން ވައްޓާލަންދެން މަޑުނުކޮށް އިސްތިއުފާ ދިންކަން ނަސީބެވެ.

    އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރާ މަޖިލީހުގެ ރިޔާސަތުގައި އިންނެވުންގަނޑު މި ދިޔައީ ކޮންހެނެއް ހެއްޔެވެ. ކަންކަން އެމުނި އެތުރެމުން ދިޔަގޮތުން ކުރިއަށް ކުޅުނުހާ ކުޅި ބެދި މަނާ މަންތެރިވެ ބޮނދު ބުޑަށް އަނެއްކާވެސް ސައިކިޔުމުން އަރާނެ ގެ ހުސްވީއެވެ. މާޒީގެ ހިތި ތަޖުރިބާގެ ޖަޒްބާތުގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަން ދޫކޮށް ނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.  

    ]]>
    Mon, 13 Nov 2023 17:27:42 +0500 ހީރަސްނިއުސް
    ރައީސް ނަޝީދު އިސްތިއުފާ https://heerasnews.com/1999 https://heerasnews.com/1999 ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރުމަށް ޖަލްސާ ބާއްވަމުން ދަނިކޮށް އެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފި އެވެ.

    އޭގެ އިތުރުން ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާގެ އިތުބާރު ނެތްކަމަށް ވެސް ވަނީ ހުށަހަޅާފައެވެ.

    މިއަދު 16:00 ގައި ފެށި ޖަލްސާގެ ރިޔާސަތުގައި އިންނެވީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެވެ. އެ ޖަލްސާގައި ނަޝީދުގެ އިސްތިއުފާ ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވިއިރު އެމަނިކުފާނު ވެސް ވަނީ އެ ސިޓީ ފޮނުއްވިކަން ތަޅުމުގައި ކަށަވަރު ކޮށްދެއްވާފަ އެވެ.

    ]]>
    Mon, 13 Nov 2023 16:17:51 +0500 ހީރަސްނިއުސް
    އިންތިހާބީ ރައީސް ދެވަނަ ވިސްނުމަކަށް ދާންޖެހޭ! https://heerasnews.com/1993 https://heerasnews.com/1993 އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އޮނިގަނޑުގައި ލޯކަލް ގަވަރނަންސަށް ހާއްސަ ކުރައްވައިގެން ވުޒާރާއެއް އުފައްދަވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އާއްމުކޮށް ތިލަވެފައިވާ މައުލޫމާތު ތަކަށް ބަލާއިރު ވަޒީރުންގެ މަޖިލީހުގެ ޕޯޓިފޯލިއޯއެއްގެ ގޮތުގައި ލޯކަން ގަވަނަންސް މިނިސްޓްރީ ހިމެނިފައިވާކަން އެނގެއެވެ. އެކަމަށް ހާއްސަ މިނިސްޓަރެއް ހުންނާނެކަން ކަށަވަރުވެފައިވެއެވެ. 

    ލޯކަލް ގަވަރނަންސް މިނިސްޓްރީއެއް އުފެއްދެވުމުގެ ވިސްނުންފުޅު ޑރ. މުއިއްޒު ގެންގުޅުއްވާ ކަމަށް ރިޔާސީ ކެންޕޭނުގައި ހާމަ ކުރެއްވީއްސުރެ އެކަމުގެ ކަން ބޮޑުވުން އެކި ސިފަސިފައިގާ ފާޅުކުރެވެން ފެށިއެވެ. ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވާލުމެއް ކަމަށްވެސް ސިފަ ކުރެވުނެވެ. ކައުންސިލްތަކާއި ލޯކަލް ގަވަރނަންސް އޮތޯރިޓީގެ އިހުތިސާސް ހަނިކޮށް ކައުންސިލްތަކާއި ސަރުކާރުގެ ވުޒާރާތަކާ ސިދާކޮށް އޮންނަ ގުޅުން ކަޑުވާލުމުގެ ފަށަލައަކަށް ލޯކަލް ގަވަރނަންސ މިނިސްޓްރީ ވެގެން ދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. 

    ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކަކީ މިނިވަން މުސްތަގިއްލު މުއައްސަސާ ތަކެކެވެ. ލޯކަލް ގަވަރނަންސްގައި ކައުންސިލް ތަކަކީ ދައުވާ ކުރުމާ ދައުވާ ލިބިގަތުމާއި އާމްދަނީ ހޯދުމާއި ހަރަދު ކުރުމުގެ ފުރިހަމަ ބާރު ލިބިފައިވާ ބައެކެވެ. އެއީ ސަރުކާރާ މުޅިން ވަކީން އޮޕަރޭޓް ކުރެވޭ ގޮތަށް ގާނޫނީ ބާރު ދީފައިވާ މުއައްސަސާ ތަކެކެވެ. ސަރުކާރުން އެ ތަންތަން މިނިވަން ކަމާއެކު ހިނގުމަށް ވާން ޖެހެނީ އެހީތެރިކަމެވެ. ކައުންސިލް ތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ސަރުކާރުން ކުރާ ކަންކަމާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދޭން ޖެހެނީވެސް ކައުންސިލާ ގުޅިގެންނެވެ. ގިނަ ކަންކަން ކައުންސިލް މެދުވެރިކޮށެވެ. 

    ކައުންސިލަކުން ބޭނުންވުމުން ސަރުކާރުގެ އިދާރާއަކަށް ކަންކަން ހުށަހަޅާ އެ އިދާރައަކުން ކުރުވަން ޖެހޭ ކަމެއް އެހެން ފަރާތެއް މެދުވެރިނުކޮށް ކުރުވުމަކީ ގާނޫނުގެ ރޫހެވެ. މިސާލަކަށް އެގްރިކަލްޗަރ މިނިސްޓްރީން ކަމެއް ކުރުވުމަށްޓަކާ ކައުންސިލްތަކުން ލޯކަލް ގަވަރނަންސް މިނިސްޓްރީއަށް ދާންޖެހޭ ގޮތަށް ކަންކަން ބައްޓަން ވުމަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމެކެވެ. އަނެއްކޮޅުން ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުން ކައުންސިލްތަކާ ހަމަޔަށް ދެވެނީ ލޯކަލްގަވަރނަންސް މިނިސްޓްރީ ތެރެއިން ލާފާ ކަމަށް ވުމަކީ ސަރުކާރު ހިންގުމަށްވެސް އޮތް ހުރަހެކެވެ. 

    ކައުންސިލް ތަކަށް ފަންނީ ގޮތުންނާއި ގާނޫނީ ގޮތުން އެހީތެރިވާ މިނިވަން މުއައްސަސާއެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމުގައި އެބަ ހުރެއެވެ، ކައުންސިލް ތަކުގެ ތަރުތީބު ހިފަހައްޓާ ފަންނީ އަދި ގާނޫނީ ލަފާ ދިނުމަށާ އެހީތެރިވުމަށް އެލްޖީއޭ ފުދެއެވެ. އެހެން ކަމުން ސަރުކާރުން ލޯކަލް ގަވަރނަންސް މިނިސްޓްރީއެއް އުފަން ކުރުވުމަކީ ކައުންސިލްތަކާ ސަރުކާރާ ދެމެދު ލެވޭ ބޯފަށަލައެއް ގާއިމުކުރުމެވެ. އޭރުން އެ މިނިސްޓްރީ ވާނީ ކައުންސިލު ތަކުގެ އިހުތިސާސް ފުރާނާ ފުރޭންޏެކަށެވެ. ކައުންސިލް ތަކުގެ ގާނޫނީ ބާރު ކަނޑުވާލާ ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ މަންދޫބުންގެ ނިންމުންތަކު ވާގިނައްތާލުމަށް ޖައްސާ ސްޓްރޯކް އަކަށެވެ. 

    ލޯކަލް ގަވަނަންސް މިނިސްޓްރީ އުފެއްދެވުމާމެދު އިންތިހާބީ ރައީސް  ދެވަނަ ވިސްނުމަކަށް އަދިވެސް ވަޑައިގަތުމަކީ މުހިންމު ކަމެކެވެ. އައު ސަރުކާރުގެ އޮނިގަނޑާއި ވަޒީރުންނަށް ރުހުން ދިނުމުގައި ލޯކަލް ގަވަރނަންސް މިނިސްޓްރީއާއިމެދު ރައްޔިތުންގެ މަޖިލީހުން ފުން ވިސްނުމަކަށް ދިޔުން ލާޒިމެވެ. ލާމަރުކަޒީ ގާނޫނުގެ ބާރު ހަނި ނުވާގޮތަށާއި އެ ގަނޫނުގެ ބާރު ނުކެނޑޭ ގޮތަށް ރުހުން ދޭން މަޖިލީހުން ވިސްނަން ޖެހެއެވެ.

    ]]>
    Sun, 12 Nov 2023 17:29:00 +0500 ހީރަސްނިއުސް
    އާ ސަރުކާރަށް ކާމިޔާބީއަށް އެދެން: ރައީސް ސޯލިހު https://heerasnews.com/1989 https://heerasnews.com/1989 އާ ސަރުކާރަށް ކާމިޔާބީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ. ރައީސް ސޯލިހު އެކަމަށް އެދިވަޑައިގަންނަވާކަން ހާމަ ކުރެއްވީ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅު ނިންމަވާ ލައްވަމުންނެވެ.

    ރައީސްގެ ވާހަކަފުޅުގައި އޮމާންކަމާއެކު ވެރިކަން ބަދަލު މިވަނީ މިފަހަރު އެކަނި ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ. ޕާޓީ ނިޒާމު ރާއްޖެއަށް ތައާރަފުކުރި ފަހުން މީގެ ކުރިން ވެރިކަން ބަދަލުވެފައި ވަނީ ހަމަ އެކަނި ވޯޓަކުން ނޫން ކަމަށެވެ. އެގޮތުން މީގެ ކުރިން އެކަން ހިނގާފައި އޮތީ "ވޯޓުން ނުވިއްޔާ ކޯޓުން ނުވަތަ މަގުމަތިން" ކަމަށް ރައީސް ވިދާޅުވިއެވެ.

    އެމަނިކުފާނު ވިދާޅުވި ގޮތުގައި "ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން."އެވެ.

    ]]>
    Sat, 11 Nov 2023 11:11:05 +0500 ހީރަސްނިއުސް
    އީވާގެ ހުންގަނޑު ކިތަންމެ ގަދަޔަސް ނަޝީދު ބޭލޭނެ! https://heerasnews.com/1984 https://heerasnews.com/1984 މަޖިލީހުގެ ރިޔާސަތަކީ ކެނެރީގޭ ކުދިންގެ އަވަހާރަ ގޮނޑިއަށް ހަދައިގެން އުޅުނު އުޅުން ނިމުމަކަށް އައީއެވެ. ގަވައިދުގެ މާއްދާއެއްގެ ދަށުލައިގެން މަޖިލިސް ހިސޯރުކޮށްގެން އުޅުން ނިމުމަކަށް ގެނެވުނީއެވެ. ގަޔަށް ހެޔޮވަރަށް ފިލްޒާ ލައްވާ ގާނޫނު މާނަ ކުރުވުން ވެސް ނިމުނީއެވެ. އިންތިހާބީ ރައީސް ހުވާ ކުރުވުމުގައި ގާނޫނީ ސައްހަކަން ކަނޑުވާލައިގެން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސްކަން ފޭރިގަންނަން ޖެހި މަކަރުވެރި މަޅިވެސް ދޫވެގެން ދިޔައީއެވެ. 

    ބޮޑު ވަޒީރަކަށް ވުމަށް ދުން ހުވަފެން އަވާ މެންދުރަށް ވީހެން މަޖިލިސްގެ ރައީސްކަން ހިސޯރުކޮށްގެން އިނދެ ރައީސްކަން ފޭރިގަންނަން ނަޝީދު ޖެހިމަޅި ވެސް އެގޮވީ އަތަށެވެ. ހީލަތާ މަކަރުން ކުރަން އުޅުނު ހުރިހާ ކަމެއްގައި ނަޝީދު ބޮޑުތަނުން ވީފޭއްޔެވެ. 

    ވެރިކަމުގާ ހުރި އިރު ނައިބު ރައީސަކަށް ހުރި ވަހީދު ބޭރު ކޮށްލުމުގެ ބޭނުމުގައި މުޅިކެބިނެޓް ލައްވާ އިސްތިއުފާ ހުށަހެޅުވީ ވަހީދު ވެސް އިސްތިއުފާ ދޭނެ ކަމަށެވެ. އެދުވަހު ވަހީދު އެކަން ނުކޮށްހުރެ  ރައީސް ކަމުން އިސްތިއުފާ ދެއްވީ ނަޝީދު ލައްވައެވެ.

    2018 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ބަގުޑި ބައްދައިގެން ބަންދުގައި އޮތީ އދ އާއި އީޔޫ އާއި ކޮމަންވެލްތާއި އިންޑިއާއިން އައިސް ރައީސްކަން ހޯދަދޭނެ ކަމަށެވެ. އެ މީހުން ކަހަތަން ހިރުވާވެސް ނުލުމުން ނަޝީދަށް ވެރިކަން ނުލިބި އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަން ލިބުމުން އެމްޑީޕީ ހިސޯރު ކޮށްގެން ހުރެ އުޅުނީ ވެރިކަން ބަރުލަމާނީއަށް ފޮރޮޅާލައިގެން ބޮޑުވަޒީރުކަން ހޯދާށެވެ. އެކަން ރައީސް ސޯލިހު ފޭލިކޮށްލުމުން ރައީސް ސޯލިހަށް ހަރާންކޯރުވާ ދިމާކުރީ 2023ގެ ރިޔާސީ ޓިކެޓް ހޯދުމަށެވެ. އެމްޑީޕީ މެންބަރުން އެ ޓިކެޓް އޭނާއަށް ނުދިނީމާ އަރައިގަތް ރުޅިން ޕާޓީއެއް ހަދައިގެން ޖުމްހޫރީއާއި ގުޅިގެން ބަރުލަމާނީ ވިއްކަން އުޅެ އެކަންވެސް ނުވެ ޕީޕީއެމް ފައިބުޑަށް ވެއްޓިގަނެ ރޮއެ ހޭރުނީ ބަރުލަމާނީ ގެނެވޭތޯއެވެ. 

    ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ ތެރޭން ހޯދި ވޯޓުކޮޅެއް ލިބި ތަފާތު ބޮޑުކޮށް ވެސް 3 ވަނައަށް އައިސްގެން އުޅެގަތީ ދަތް މައްޗަށް ތުން ނާރައިގެންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނު ވޯޓުކޮޅު ދައްކައިގެން އުޅެގަތީ އެމްޑީޕީ ލައްވާ މަޖިލިސް ތެރޭން ބަރުލަމާނީ ގެންނާށެވެ. ބަރުލަމާނީ ގެނެސް ރައްޔިތުން ހޮވާ ރައީސުލް ޖުމްހޫރިއްޔާގެ ބާރު ކަނޑުވާލާށެވެ. އެކަމާ އެމްޑީޕީން އެއްބަސް ނުވުމުން އިދިކޮޅާ ގުޅިގެން ދިމާކުރީ އެމްޑީޕީ ވެރިކަމުން ވައްޓާލާށެވެ. އާނއެކެވެ. ކުރިއަށް އޮތް ފަސް އަހަރު ވެރިކަމުގައި އޮންނާނީ އެމްޑީޕީއެއް ނޫނެވެ. އެކަމަކު އެމްޑީޕީއަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. އެއްކޮޅުގައި އޮތަސް އިދިކޮޅުގައި އޮތަސް އެމްޑީޕީގެ އާއްމު މެންބަރުން ބޭނުމީ އަންނި ނޫން ގޮތެކެވެ. 

    ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައިކަން ނަޝީދާ އީވާއަށް ނޭނގޭކަމީ އެ މީހުންގެ ހުރި ގަމާރުކަމެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއާ ދެކޮޅަށް ރިޔާސަތުގައި ތިބެ ގާނޫނީ ހަމަ އޮޅާލައިގެން ޗަރުކޭސް ކުޅެން ތިބެވުނީ ބަޔަކު ބައިތިއްބައިގެން ތިބީތީއެވެ. ނަޝިދާއި އީވާގެ ހުރި ގޮތްކުޑަކަމާއި ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކަން ހިތުން ނެތްވަރު ރައްޔިތުންގެ ކުރިމަތީގައި ތިޔަ ހަމަ ކޮށްދެނީ އެންމެ ތަންދޮރު ނޭނގޭ މީހާއަށް ވެސް ގަބޫލު ކުރެވޭ ވަރަށެވެ. މެޖޯރިޓީއަށް ތަބާ ނުވުމާއި ގާނޫނުތައް މުގުރުމާއި ލިބޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި ނަޝީދުމެންގެ ހުރި ދަށު ދަރަޖަ ކިތަންމެ ރަނގަޅަކަށް ވެސް ރައްޔިތުންނަށް ތިޔަ ސަފުކޮށް ދެނީއެވެ. ރައްޔިތުންގެ ކަމަކާ ދުވަހަކުވެސް ނަޝީދާ އީވާމެން ބައްސަން ނުވާނެކަން ކިތަންމެ ރަނގަޅަކަށް ވެސް ރައްޔިތުންނަށް ސާފު ކޮށްދީފިއެވެ. އަމިއްލަ އަމަލުންނެވެ.

    މެންދުރުގެ އިރު އެގޭހެން އެނގެއެވެ. މަޖިލިސްގެ ރައީސްގެ އިތުބާރު އޮތްތޯ ބެލުމަށް ދެން ބާއްވާ ޖަލްސާއެއްގެ ރިޔާސަތަށް އީވާ އަރާނެއެވެ. އެކަން ކަށަވަރެވެ. ރިޔާސަތުގައި އީވާ އިނދެގެން ޑިމޮކްރޭޓުން ލައްވާ ޖަލްސާގެ ނިޒާމު ގެއްލުވާލައިގެން ވޯޓަން ނާހާ ދަންމާލެވެން އޮތް ގޮތަކަށް ދަންމާލަން އީވާ މަސައްކަތް ކުރާނެއެވެ. ކުރިއަށް ދެން އޮންނާނީ ނިޒާމް ގެއްލުމުގެ އެޕިސޯޑެވެ. އެކަމަކު ބުނަން ހެއްޔެވެ. ކިތަންމެ ވަންނިއެއް ޖައްސާ ނިޒާމް ގެއްލުވާލިޔަސް އަދި އީވާގެ ހުންގަނޑު ކިތަންމެ ގަދަޔަސް މަޖިލިސްގެ ރިޔާސަތުން ނަޝީދު ބާލާނެއެވެ.   

    ]]>
    Thu, 09 Nov 2023 19:45:06 +0500 ހީރަސްނިއުސް
    ބޮޑު ހައިބަތު ދައްކަން އަންނި ގޮނޑީގާ ލޮބާޑިލުން https://heerasnews.com/1980 https://heerasnews.com/1980 ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ހޮވިގެން ދާއިރާ ގޮނޑިއެއްގައި އިނުމަކީ ދިވެހި ދައުލަތަށް މަލާމާތް ލިބޭވަރުގެ ހުތުރު ކަމެކެވެ. ގާނޫނު މަނާ ނުކުރާތީ މަޖިލިސް މެންބަރު ކަމަށް ހޮވިގެން ކުރީގެ ރައީސަކު މަޖިލީހުގެ ތިރި ގޮނޑިއެއްގައި އިނުމަކީ ނިކަން ހުތުރު ކަމެކެވެ. 

    ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކޮށްގެން ބޮޑުވަޒީރުކަން ހޯދުމުގެ އެދުންވެރިކަން ބޮޑުކަމުން އެމްޑީޕީއަށް ރައްޔިތުން ކުރާ ތާއީދުގެ ބޭނުން ކޮށްގެން ކުޑަކުޑަ އިދާރީ ދާއިރާއަކަށް ކުރިމަތިލައިގެން ކުރީގެ ރައީސަކު މަޖިލީހުގެ ގޮނޑިއަކަށް ހޮވުނީތާއެވެ. އެމްޑީޕީ މެންބަރުން ތާއީދުކޮށް ވޯޓުލީތީ އެ ދާއިރާއަށް ނިސްބަތް ނުވިޔަސް މައްޗަށްގޮޅީމެދު ދާއިރާގޮނޑިއަށް ގ. ކެނެރީގެ ނަޝީދު އިންތިހާބުވީއެވެ. 

    ކުރީގެ ރައީސަކަށް ވީތީ މަޖިލީހުގެ ތިރި ގޮނޑިއެއްގައި ނުބައިންދަން މަޖިލީހުގެ ރައީސް ކަމަށް ކެނެރީގޭ ނަޝީދު އެރުވީ އެމްޑީޕީންނެވެ. އެންޑީޕީގެ ރައީސަށް ވެސް ހުރީ އޭރު އޭނާ ކަމުގައި ވީތީއެވެ. އޭނާއަށް އެ މަގާމު ދިނީ މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުންނެވެ. ހަގީގަތުގައިވެސް މަޖިލިސްގެ ރައީސް ކަމަކީ އެމްޑީޕީގެ ރައީސަށް ވީތީ އޭނާއަށް އެމްޑީޕީން ހޯދާދިން ގޮނޑިއެކެވެ.

    އެމްޑީޕީން ވަކިނުވެ އިނދެ މަޖިލިސް ބޭނުން ކޮށްގެން ސަރުކާރަށް އިންތިހާއަށް ޖެއްސުންކޮށް ދަތިކުރިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު ތަކާއި ނުރައްކާތެރި އިލްޒާމްތައް އަޅުވަމުން ދިޔައެވެ. އެހެން ނަމަވެސް ކެތްތެރި ކަމާއެކު މަޖިލީސްގެ ރައީސް ކަމުގައި ބައިންދައިގެން އެމްޑީޕީން ހަނު އޮތީ އެމްޑީޕީގެ ރައީސަށް އޭނާ ވީތީއެވެ.  

    އެމްޑީޕީގެ ރައީސްކަމާއި އެމްޑީޕީ ދޫކޮށްފައި އޭނާ ދިއުމުން މަޖިލީހުގެ ރައީސް ކަމުގައި އޭނާ އިނުމަކަށް ހައްގެއް ނޫނެވެ. އެމްޑީޕީން ވަކިވުމަށް ފަހު އެމްޑީޕީން ހޯދާދިން ގޮނޑިއެއްގައި ބަގުޑި ބައްދައިގެން އިންނާނީ ނިކަން ހަޔާތް ކުޑަވީމައެވެ. ގޮތެއް ފޮތެއް ނެތީމައެވެ. އެމްޑީޕީ ދޫކޮށްލި ހިސާބުން އޭނާއަށް އެމްޑީޕީން ކުރި އިތުބާރު ވަނީ ގެއްލިފައެވެ. 

    މަޖިލީހުގެ ގަވައިދަކަށް ގާނޫނަކަށް ބެލުމެއްނެތި ރިޔާސަތުގައި އިދެގެން ހިތުހުރި އެއްޗެއް ހަދަމުން އެގެންދަނީ ކުޑަކުޑަ ކުއްޖަކަށް ވެސް ވާނުވާ ފަހުމް ވާހާ ހުތުރުކޮށެވެ. ދީނަށް ފުރައްސާރަ ކުރުމާ މަޖިލީހުގައި ޖަވާބު ދާރީ ނުވޭނެ އެތައް ބައެއްގެ އަބުރު ކަތިލުމާ ގަވައިދުތައް މުގުރުމުގައި މަގާމުގެ ބޭނުން ކުރަނީ ކަނު މީހަކަށްވެސް ފެންނަ ވަރަށެވެ. މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ތާއީދު ލިބިގެން ހޯދި ގޮނޑިން ނުފައިބާން ބޮޑާހަދަނީ މެޖޯރިޓީގެ އިތުބާރު ގެއްލިފައި ހުރެއެވެ. މަކުނަށް ސައްކެޔޮގަހުން ނުފޭބިފާ އިނީ ނުފައިބާކަށް ނޫނެވެ. ނަގޫފިތިފައި ހުރެގެންނެވެ. ނަޝީދަށް ޖެހިގެން އުޅެނީވެސް އެހާލު ބާއެވެ.

    އެކަމަކު ބުނަން ހެއްޔެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޮޑުކޮށް އަދިވެސް އޮތީ އެމްޑީޕީއަށެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއަށް ނަޝީދުގެ އިތުބާރު ވަނީ ގެއްލިފައެވެ. އިތުބާރު ނެތް މީހަކު މަޖިލިސްގެ ރައީސް ކަމުގާ ބައިންދައިގެން އަބަދު ހީގަނެގެން ތިބޭނެ ކަމަށް ހީކުރަނީތާއެވެ. އެހެން އެކަމެއް ނުވާނެއެވެ.

    ހަމަތެދެކެވެ. ޑިމޮކްރަސީގެ ކަންފުޅެއް ވެސް ހުރި މީހެއްނަމަ މަގާމު ހޯދާދިން ޕާޓީ ދޫކޮށް ލާއިރު އެޕާޓީން ހޯދާދިން މަގާމުވެސް ދޫކޮށްލާނެއެވެ. ތިމާގެ ބޮޑާކަމާއި ބޮޑު ހައިބަތު ދެއްކުމަށް ގޮނޑީގާ ލޮބާޑިލާކަށް ނުހުންނާނެއެވެ. ފްލޯކްރޮސިންގ ގާނޫނެއް ނެތޭބުނެ މަގާމުގައި ބަގުޑި ބައްދައިގެން ނުހުންނާނެއެވެ. ހުނި ގުރާބު ބަލާ އަމާގަތަށް ވަނުން މަނާކުރާ ގާނޫނެއް ވެސް ނޯވެއެވެ.

    ]]>
    Tue, 07 Nov 2023 19:21:45 +0500 ހީރަސްނިއުސް
    މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް: އަބްނާއު އަބޫ ޖުންދަލް https://heerasnews.com/1978 https://heerasnews.com/1978 ސަލާމަތީ އިދާރާއާ ދެކޮޅަށް ތެދުވެ އިޒްރޭލާ ކުރިމަތިލުމަށް ފަލަސްތީނު ފުލުހުންގެ ތެރޭގައި ހިމެނޭ އަބްނާއު އަބޫ ޖުންދަލް ތައްޔާރު ވެއްޖެއެވެ. ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމަށް ނިންމާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަށް ވަނީ 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ފުލުހުންގެ އެ ޖަމާއަތުން ރައީސްއަށް ދިން މުހުލަތު ހަމަވާނީ މިރެއެވެ.

    ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމާ މެދު ރައީސް މަހްމޫދު އައްބާސަށް މުހުލަތު ދިނީ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމަށް ހުއްދަ ދެއްވުމަށެވެ. އިޒްރޭލު ސިފައިންނާ ކުރިމަތިލުމުގެ އަމުރު ނުދެއްވައިފި ނަމަ، ފުލުހުންގެ ތެރޭގައި ހިމެނޭ ވަކި ބަޔަކު މިއަދު އިޒްރޭލާ ދެކޮޅަށް ނުކުންނާނެ ކަމަށް "އަބްނާއު އަބޫ ޖުންދަލް" ބުނެފައިވެއެވެ. ފުލުހުންގެ ތެރެއިން އިޒްރޭލާ ދެކޮޅަށް ނުކުންނަން ތިބި މީހުންގެ ނަންތައް ވެސް މިއަދު އާންމުކުރާނެ ކަމަށްވެއެވެ.

    "އަބްނާއު އަބޫ ޖުންދަލް" ބުނަނީ މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތްކަމަށެވެ. "އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ތަކުގެ ކުރިމަތީގައި މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް. ޣައްޒާގައި އޮހޮރަމުންދާ ލޭތަކުގެ ކުރިމަތީގައި މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް. ޣައްޒާގައި އަހަރެމެންގެ ކުޑަކުދިންނާއި އަންހެނުންތައް ގަތުލުކުރަމުން ދާއިރު މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް. ހުޅަނގު އައްސޭރީގައި އަހަރެމެންގެ ޒުވާނުން ގަތުލުކުރަމުން ދާއިރު މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް،" އަބްނާއު އަބޫ ޖުންދަލްގެ ބަޔާނުގައިވެއެވެ.

    އަސަރުން ފުރިފައިވާ އެބަޔާނުގައި "އިސްތިއުމާރީންގެ ޖަރީމާތަކަށް ވަރަށް ބޮޑަށް ކެތްކޮށްފިން. އަހަރެމެންގެ ބާރެއް ނެތްކަމުގެ މައްޗަށާއި އަހަރެމެންގެ ހަނުހުރުމުގެ މައްޗަށް ވަރަށް ބޮޑަށް ކެތްކޮށްފިން. ކޮންމެ ދުވަހެއްގެ ކޮންމެ މިނެޓެއްގައި ކުޑަކުދިންނާއި އަންހެނުންގެ މުޅަމަސްތައް ފެންނަމުންދާ އިރު ވެސް، ސަލާމަތީ އިދާރާގެ އަމުރުތަކަށް ތަބާވުމުގައި ވަރަށް ބޮޑަށް ކެތްކޮށްފިން." ކަމަށް އިތުރަށް ބުނެފައިވެއެވެ. 

    ]]>
    Mon, 06 Nov 2023 20:20:18 +0500 ހީރަސްނިއުސް
    ކަރެކްޝަނުން ޔާމީނަށްދޭ އިންޒާރެއް ނުހިނގާނެ https://heerasnews.com/1968 https://heerasnews.com/1968 ކަރެކްޝަނެއް ކަމަކު މިހާރު ތިޔަ އުޅެވެނީ މޮޔަވެގެންނެވެ. ރައީސް ޔާމީނަކަށް ހިނގާނެ ހުކުމެއް މިރާއްޖެއަކު ނުއޮންނާނެއެވެ. ރައީސް ޔާމީނަށް ތަންފީޒު ކުރެވެނީ ހަރާން ހުކުމެކޭ ބުނާ އަޑެއް ނީވޭ ހެއްޔެވެ. 

    ރައީސް ޔާމީނުގެ މައްޗަށް ހިނގާ ގާނޫނެއް މިރާއްޖެއަކު ނެތެވެ. އެހެން ވީއިރު  ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 މާއްދާ ހިނގަންވީ ކީއްވެހެއްޔެވެ. އެ މާއްދާގެ ދަށުން ރައީސް ޔާމީނު ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން މަނާ ވާންޖެހޭ ސަބަބެއް ނެތެވެ.

    ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ބައިވެރިވުން އޮތްވަރު ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ބަޔަކު މީހުން ބޮޑު އިންތިހާބެއް ކާމިޔާބު އެކުރީ ރައީސް ޔާމީނު ބައިވެރިކޮށްގެންނެވެ. މުޅި އިންތިހާބުގައި އެ މީހުން ވިއްކީ ރައީސް ޔާމީނެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ބިޔަ ބިލްބޯޑް ތަކުގައި ހުރީ ރައީސް ޔާމީނެވެ. އޭރުނުވި ހިލާފެއް މިހާރަކު ވަކި ނުވާނެއެވެ. އެތަން ނުފެނިފާ މިތަން ފެންނަން އޭރު ކަރެކްޝަން ލޮލަށް އޮތީކީ މިރުސް އެޅިފައެއް ނޫން ވިއްޔާއެވެ. 

    ރާއްޖޭގެ ޖަލުތަކުގައި ރައީސް ޔާމީނު ނޫނަސް އެތައް ސަތޭކަ މީހުނެއް ހުކުން ތަންފީޒުކުރަން އެބަތިއްބެވެ. އެމީހުން ބޭނުންވުމުން އެއްބަސްވުން ހަދަހަދައިގެން ލުޔެއް ނުދެއެވެ. އަދީބާ ޒިޔަތަށްވެސް ލުއިދީފައި ތިބީ ދައުލަތަށް ބޭނުން ވެގެން ޕްރޮސިކިއުޓަރ ޖެނެރަލުގެ ބޭނުމަށެވެ. ރައީސް ޔާމީނު އެހެން ހެއްޔެވެ. 

    ރާއްޖޭގެ ރައްޔިތުންގެ %53 ޕަސެންޓް މީހުނަށް ރައީސް ޔާމީނު އޯކޭއެވެ. އެހެން ވެގެން އިންތިހާބީ ރައީސް ހަމަ ބުނެލާއިރަށް އެހުރީ ގެއަށް ފޮނުވާދީފައެވެ. އެވަރުން ވެސް ހިތް ހަމަ ނުޖެހޭތީ ބަންދަށް ލުއި ދިނުމަށް ނަމެއްގައި އިގުރާރެއްގެ ދަށުން ރައީސް ޔާމީން އެހުރީ ރަށު ބަންދަން ދޫކޮށްލާފައެވެ. ޑޮކްޓަރީ ފަރުވާއޭ ކަސްރަތޭ ކިޔުމުގެ ބޭނުމެއް ނެތެވެ.

    އަނެއްކާ މުހިންމު ކަންކަމުގައި ބައްދަލު ކުރަން ބޭނުންވާ މީހުންނާއި ކަރެކްޝަންސްއަށް އެންގުމަކާ ނުލައި ބައްދަލު ކުރުމުގެ ހުއްދަ ވެސް އޮތީ ދީފައިވެއެވެ. މުހިންމު ކަންކަމުގައި ބައްދަލު ކުރަން ބޭނުންވާ މީހުންނާ ބައްދަލު ކުރަން ހުއްދަދީފައި ރައީސް ޔާމީނަށް މުހިންމުވާ ކަންކަމާ ބޭނުންމާ މުހިންމު މީހުން ކަނޑައަޅާނީ ކަރެކްޝަނަކުން ނޫނެވެ. ރައީސް ޔާމީނެވެ.

    ސިޔާސީ ހަރަކާތުގައި ބައިވެރިވުމަށް ވުރެ މުހިންމު ކަމެއް ރައީސް ޔާމީނަށް ނުއޮންނާނެ ކަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެހެނެކޭ ކިޔައިގެން އިންޒާރުދީ ހެދުމަކީ ކަރެކްޝަންގެ މޮޔަކަމެވެ. 

    ]]>
    Thu, 02 Nov 2023 16:22:52 +0500 ހީރަސްނިއުސް
    މަކަރުވެރިޔާއަށް ސަމާލުވޭ: ނަޝީދު https://heerasnews.com/1961 https://heerasnews.com/1961 ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރަކު ސޮއިކުރައްވާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާގެ އިތުބާރު ނެތްކަމަށް ހުށަހެޅިއެވެ. 18 ވަނަ މަޖިލީހުގެ ރައީސް ކަމުގައި އޭރު ހުންނެވީ ފުވައްމުލަކު މެދުދާއިރާގެ އިއްޒަތްތެރި މެންބަރ އަބްދުއްލާ މަސީހު މުހައްމަދެވެ. އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި ވަނިކޮށް ބައިނަލްއަގުވާމީ ޖަލްސާއެއްގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސީހު ބައިވެރިވެ ވަޑައިގަންނަވަން ޖެހި ވަޑައިގަތެވެ. 

    އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރެއްވުމަކީ އޭރު ރައީސްކަމުގައި ހުންނެވި މަސީހަށް ކުރެއްވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. މަޖިލީހުގެ މެންބަރުންގެ 45 މެންބަރަކު ރައީސަށް އިތުބާރުނެތް ކަމަށް ސޮއިކުރައްވާ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރައީސް ކަމުގެ ގާނޫނީ ސައްހަކަން މަސީހަށް ގެއްލިފައިވާ ކަމަށް އެތައް ގާނޫނީ މާހިރުންނާއި ސިޔާސީ މުފައްކިރުންނާ އާއްމުންގެ އެތައް ބަޔަކު ބުނަމުން ދިޔައެވެ. 

    18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ހުންނެވި ރައީސް އަބްދުއްލާ މަސީހު މުހައްމަދުގެ ރައީސް ކަމުގެ ގާނޫނީ ސައްހަކަން ގެއްލިފައިވާތީ ބައިނަލްއަގުވާމީ ޖަލްސާއެއްގައި މަޖިލިސް ތަމްސީލު ކުރައްވަން އެންމެ ބޮޑަށް އޭރު ދެކޮޅު ހެއްދެވި އެއް ބޭފުޅަކީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރައީސްކަން ވެސް އޭރު ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު 04 އޮކްޓޯބަރ 2017 ގައި އެކަމާ ދެކޮޅަށް އަޑު އުފުއްލެވުމުގެ ގޮތުން ޓްވީޓެއް ކުރައްވާފައި ވެއެވެ. 

    " މަކަރުވެރިޔާއަށް ސަމާލުވޭ" މި ސުރުހީގެ ދަށުން މަސީހުގެ ފޮޓޯފުޅަކާއި މަޖިލީހުގެ ރިޔާސަތުގެކުރިމަތީގައި ސަލާމަތީ ބާރުތައް އެތުރިގެން ތިބޭ ފޮޓޯއެއް ހިމެނޭހެން މަސީހާ ދެކޮޅަށް އިގިރޭސި ބަހުން ލިޔެފައި އޮތް އާޓިކަލެއްގެ ފޮޓޯއަކާއި މަސީހުގެ އިތުބާރު ނެތްކަމަށް 45 މެންބަރުން ސޮއިކުރައްވާފައިވާ ކަރުދާހުގެ ފޮޓޯއަކާއެކު އިނގިރޭސިބަހުން ކުރެއްވި ޓްވީޓްގައި  ނަޝީދު ވިދާޅުވެފައިވަނީ " މަސީހަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ގާނޫނީ ސައްހަކަށް އިތުރަށް އޮތް މީހެއް ނޫން. ބައިނަލްއަޤްވާމީ ބައްދަލުވުން ތަކުގައި އަޅުގަނޑުމެންގެ މަޖިލިސް ތަމްސީލުކޮށްގެން ނުވާނެ" ކަމަށެވެ. 

    މަޖިލީހުގެ ރައީސްކަމުގައި ހުންނަ މީހެއްގެ އިތުބާރު ނެތްކަމަށް ގިނަ އަދެއްގެ މެންބަރުން ތަކެއް ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅުއްވައިފި ނަމަ އެއިރަކު ހުންނަވާ ރައީސެއްގެ ގާނޫނީ ސައްހަކަން ގެއްލޭނެކަން ހޮދު ރައީސް ނަޝީދު ގަބޫލު ކުރައްވާކަން ބަޔާންވެ ދިޔަ ޓްވީޓުން ސާބިތުވެއެވެ. ގުދުރަތް ނިޔާ ކުރިގޮތުން ހޮދު ރައީސް ނަޝީދަށް އެހާލަތު މިއޮތީ ކުރިމަތިވެފައެވެ. ކަމަކާ ޖެހިވަޑައިގަތުމުން ހޮދުމުހުތާރު ކަމުގައި މަސީހެއް ނަޝީދެއް ތަފާތެއް ނުވިއެވެ. 

    ޑިމޮކްރަސީގެ ޗެންޕިއަންގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެ ވަޑައިގެން ހުންނަވާ ނަޝީދު ޑިމޮކްރަސީގެ އެންމެ އަސާސީ ހަމަ ކަމުގައިވާ މެޖޯރިޓީއަށް ތަބާވެ ވަޑައިގަތުމުގެ ގާބިލު ކަމެއް ނުދެއްކެވުނެވެ. ލެޖިޓެމަސީ އޮތްކަން ނުވަތަ ނެތްކަން ބައްލަވާ ލައްވަން ވެސް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަގައި ވޯޓަށް އައްސަވަން ކެރިވަޑައެއް ނުގަތެވެ. އުސޫލާ ހިލާފަށް މަގާމުގައި ދެމިހުންނަވަން ޖައްސަވަމުން ގެންދަވަނީ މަރުފައްޔެވެ. ރައީސް ނަޝީދުގެ ކިބައިން ފާޅުވަމުންދާ ކަންކަމުން ދޭހަކޮށްދޭ ހަގީގަތެއް އެބަ އޮތެވެ. އެހަގީގަތަކީ މެންބަރުންގެ އިތުބާރު ނެތުމުން މަޖިލީހުގެ ރައީސްކަން މަސީހަށް ހަރާން ކަމެވެ. މެންބަރުންގެ އިތުބާރު ނެތަސް މަޖިލިސްގެ ރައީސްކަން ނަޝީދަށް ހަލާލް ކަމެވެ. 

    ]]>
    Wed, 01 Nov 2023 10:21:53 +0500 ހީރަސްނިއުސް
    މުއިއްޒަށް މާރކްސް ދޭނީ ރައްޔިތުން & ޔާމީނެއް ނޫން https://heerasnews.com/1958 https://heerasnews.com/1958 ނޮވެންބަރ 17 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސް ކަމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކުރީ ޔާމީނެއް ނޫނެވެ. 30 ސެޕްޓެމްބަރ 2023 ގައި އޮތް ރިޔާސީ އިންތިހާބުގައި %53 ވޯޓު ދީގެން ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބުކުރީ ދިވެހި ރައްޔިތުންނެވެ. 

    ޕީޕީއެމްގެ ލީޑަރުގެ ގޮތުގައި ހުރެ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ބަގުޑި ބައްދައިގެން ޖަލުގައި އޮވެ ޕީޕީއެމަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލީ ޔާމީނެވެ. ޕީޕީއެމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ދިންނަމަ އިންތިހާބު ކާމިޔާބު ކުރީހީ ޕީޕީއެމް ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ. ޕީޕީއެމަށް އެ ފުރުސަތު ކަނޑައެޅިގެން ގެއްލުވާލީ ޔާމީނެވެ. 

    އަމިއްލަ ހައިބަތަށްޓަކާ އެ އޮތް ބޮޑު ޕީޕީއެމް ޔާމީނު މަގުމަތި ކޮށްލުމުން ޕީޕީއެމް މެންބަރުން އެމްޑީޕީ ނޫން ގޮތެއް ހޯދުމަށް ކުރި މަސައްކަތުން ހޯދި ގޮތަކީ ޑރ. މުއިއްޒެވެ. ޔާމީނު އެދުނު ގޮތަށް ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރިނަމަ ކުރިއަށް އޮތް ފަސް އަހަރު ވެސް ޕީޕީއެމް އޮތީހީ މަގުމަތީގާ ހަރާން ހުކުމޭ ގޮވާލަ ގޮވާލައެވެ. ޔާމީނުގެ ދަންތުރައިން ނެއްޓި ޕީއެންސީއަށް ވަޑައިގެން ޕީޕީއެމް މަގުމަތި ވުމުން މިންޖުކޮށް ދެއްވީ ޑރ. މުއިއްޒެވެ. 

    ބަންދަށް ލުއި ލިބުމުން ޕީޕީއެމް އޮފީހުގައި ޔާމީން ބޭއްވި ޖަލްސާ

    ޔާމީނަށް ދޭންޖެހޭ ގަދަރާ އިހުތިރާމް ދީގެން ޕީޕީއެމާއެކު މަސައްކަތް ކުރައްވައިގެން ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހުވެސް މަސައްކަތް އެކުރައްވަނީ ޕީޕީއެމަކީ ހަށިގަނޑުގެ އެއްބައި ކަމަށް ބައްލަވައިގެނެވެ. އެހެނެއް ކަމަކު ބަންދުގައި ހުރި ޔާމީނަށް ލިބުނު ކުޑަކުޑަ ލުޔާއެކު މީހުން އެއްކޮށްގެން ޑރ. މުއިއްޒުގެ ވެރިކަން ފެށުމުގެ ކުރިން ވެރިކަން ހަރާބު ކުރަން ފެށީހެއްޔެވެ. އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ކަންކަމަށް މުހުލަތު ދޭން ފެށީހެއްޔެވެ. 

    ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 200 މޭލުން ބައެއް ގެއްލުނިއްޔާ ގެއްލުމުގެ ޒިންމާ ބޮލުގައި އެންމެ ބޮޑަށް އެޅޭ އެކަކީ ޔާމީނު ނޫން ހެއްޔެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖޭން ވޯޓު ދީގެން ސަރުކާރު ކުށްވެރިކުރީ ވެސް ޔާމީނެވެ. އެ މައްސަލައިގާ ދެން ވޯޓެއް ނަގާނަމަ މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން ވޯޓުދޭން ނިންމުމުން ވެސް ކަމުނުދިޔައީ ވެސް ޔާމީނަށެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ބައިނަލް އަގުވާމީ މުޖުތަމައުގައި މޮރިޝަންއިން ހޭވައްޓާލާފައި މަސައްކަތް ކުރިއިރު އެކަމާ ނޫޅެ ރާއްޖެ ގަދަ ނިންޖަކުން ނިންދަވާލައިގެން ހުރީވެސް ވެރިކަމުގައި ހުރެ ޔާމީނެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބުމުން އުފެދުނު ކަނޑުގެ ފުށުއެރުން ބައިނަލް އަގުވާމީ ކޯޓަކުން ހަމަޖެއްސުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނެ ރައްޔިތުންގެ ލޭކެއްކުވީ ވެސް ޔާމީނު އިސްވެ ހުރެއެވެ.

    ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބައިގެން އިންޑިއާ އާއި އެކު އަޝްކަރީ އެއްބަސްވުންތައް ހައްދައިގެން އިންޑިއާގެ އުނގަށް ރާއްޖެ ވައްޓާލާފާ ވެރިކަން ގެއްލުމުން ސިޔާސީ ބޭނުމުގައި އިންޑިއާ އައުޓް ޖައްސައިގެން ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓާލީވެސް ހޮދު ޔާމީނެވެ. ހެއްދެވިހާ ނުބައެއް ހަދައިގެން ހުރެ އެނުބައިތައް ރަނގަޅު ކުރާށޭ ބުނެ އިންތިހާބީ ރައީސަށް މުހުލަތުދީ މާކްސްދީ ހަދަން ޔާމީނު ނުހަދާށެވެ. 

    އިންތިހާބީ ރައީސް ޑރ، މުއިއްޒަށް ހެޔޮވެރިކަމެއް ކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ޔާމީނު ގޮވާލާ ގޮވާލުން އަޑު އަހާނެ މީހުން މިހާރު ވަރަށް މަދެވެ. ޕީޕީއެމް ވެސް އޮތީ މުޅިއަކުން ޔާމީނު ބޭނުންހާ ގޮތަކަށް މޮޑެވޭ ފުށްގަނޑަކަށް ވާން ނޫންކަން އިންތިހާބު ބޮއިކޮޓް ނުކުރި ހިސާބުން ޔާމީނަށް އެނގެންވާނެއެވެ. އިންތިހާބީ ރައީސަށް އަލްޓިމޭޓަމް ދިނުމަށް ޕީޕީއެމް އޮފީހުގައި ޔާމީނު ބޭއްވި ޖަލްސާއަށް ޕީޕީއެމް-ޕީއެންސީ ލީޑަރޝިޕްގެ ދެތިން މީހުންނާ އެކު ތިރީހަކަށް އާއްމު މެންބަރުން ދިޔައިމާ ޕީޕީއެމްގައި މިހާރު ޔާމީނުގެ ސައިޒް އެންމެންނަސްވެސް އެބަފެނެއެވެ. 

    ]]>
    Tue, 31 Oct 2023 13:05:35 +0500 ހީރަސްނިއުސް
    ކަރެކްޝަންގެ އިންޒާރު! ޔާމީނު އެނބުރި ޖަލަށް! https://heerasnews.com/1955 https://heerasnews.com/1955 ގޭބަންދުގެ އިތުރުލުޔެެއް ރައީސް ޔާމީނަށް ދީފައިވަނީ ބޭސްފަރުވާއާއި ކަސްރަތުގެ ބޭނުމަށްޓަކާ އެގޮތަށް އެދި ވަޑައިގަތީމައެވެ. އަދި ސައިކޭޓްރިސްޓެއް ނުވަތަ ފިޒިއޮތެރަޕިސްޓެއް ކަހަލަ ކޮންމެހެން ބައްދަލު ކުރަންޖެހޭ ފަރާތެއް ވާނަމަ ކަރެކްޝަނަށް ކުރިއާލާ އެންގުމަށްފަހު ބައްދަލު ކުރެވޭ ގޮތަށް އިގްރާރުވެ ސޮއި ކުރައްވައިގެންނެވެ. ލުއިތަކެއް ދެވޭނީ ކަންތައް ތަކެއް މަތިކޮށްގެންތާއެވެ. ރައީސް ޞޯލިޙަށް ވެސް ރައީސް މުއިއްޒަށް ވެސް ގައިދީ އަކަށް ލުޔެއް ދެއްވޭނީ ވަކި ވަރަކަށެވެ. 

    އިގްރާރާ ޚިލާފް ވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކަރެކްޝަނުން ދީފިއެވެ. ވެރިކަމުގައި ހުންނެވީ ޞޯލިޙް ވިޔަސް ނުވަތަ މުއިއްޒު ވިޔަސް ގާނޫނު ހިންގަން ޖެހޭނެއެވެ. ރައީސް ޔާމީނު މިނިވަން ކަމާއެކު ކިތަންމެ ވަރަކަށް އުޅުއްވިޔަސް ރައީސް ސޯލިހަށް ގެއްލިވަޑައި ގަންނަވާނެ ހާއްސަ މަސްލަހަތެއް މިހާރަކު ނުއޮންނާނެއެވެ. އެކަމަކު ޑރ. މުއިއްޒު އެ އާއި މުޅިން ތަފާތުވާނެއެވެ. ސަރުކަރު އެކުލަވާލުމާއި މަޖިލިސް އިންތިހާބަށް ޕާޓީތައް ތައްޔާރު ވަމުންދާ މި ދަނޑިވަޅުގައި ރައީސް ޔާމީނު ވީއްލިފާ ހުންނެވުމަކީ ޑރ. މުއިއްޒުގެ މަސްލަހަތާއި ވަރަށް ބޮޑަށް ގުޅުން ހުރިކަމަކަށް ނޫނީ ނުޥާނެއެވެ.

    އިގްރާރާ ޚިލާފްވެ، ލުއި ހޯދި ބޭނުން ނޫން އިތުރު ކަންކަމުގައި ރައީސް ޔާމީން އުޅުއްވަންޏާ މުޢިއްޒުގެ ވެރިކަމުގައި ވިޔަސް އެނބުރި ޖަލަށް ވަޑައިގަތުމަކީ އެއްވެސް ގޮތަކުން ރައީސް ޔާމީނަށް ރަނގަޅު ގޮތެއް ނޫނެވެ.

    ]]>
    Mon, 30 Oct 2023 15:54:04 +0500 ހީރަސްނިއުސް
    މަޖިލީހުގެ އަމީން އާންމު ގާނޫނު އަސާސީ އިރާލުން https://heerasnews.com/1951 https://heerasnews.com/1951 ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަކީ މަޖިލީހުގައި މަރުތަޅު އަޅުވަން ޖެހޭ ކަމެއް ނޫނެވެ. މަޖިލީހުގެ ރައީސަކީ މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް އެ މަގާމުގައި ބައިންދާފައި އިންނަ މީހެކެވެ. މަޖިލީހުގެ ރައީސް ވަކިކުރުމުގެ ބާރުވެސް އޮންނަނީ މަޖިލީހުގެ މެންބަރުންނަށެވެ.

    މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރައީސް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ލިބުމުން ގަރާރު މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި ގަރާރުގެ ނޯޓިސް މަޖިލީހުން ރައީސަށް ދޭންޖެހެއެވެ. ނޯޓިސް ދޭ ތާރިހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު ހުށަހަޅަން ޖެހެއެވެ. މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ގަވައިދުގައި ބުނަނީ މަޖިލީހުގެ ނައިބު ރައީސެވެ. 

    ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން 49 މީހުނަށް ފެނިގެން މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުމުން ގަރާރު މަޖިލީހަށް ލިބުނުތާ ތިން ދުވަސް ތެރޭގައި ގަރާރުގެ ނޯޓިސް މަޖިލީހުން ރައީސަށް ދިނެވެ. ނޯޓިސް ދިން ތާރިހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އައި ރަސްމީ ބަންދު ނޫން ދުވަހު (29 އޮކްޓޯބަރ 2023ގައި ) މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މެންބަރުންނަށާއި ރައީސަށް ނޯޓިސް ފޮނުވިއެވެ. މަޖިލީހުގެ އެ ޖަލްސާއަށް މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު ހުށަހަޅަން ޖެހެއެވެ.

    ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް ކަމުގައި ގަވައިދުގައި ބަޔާންކޮށްފައި އޮތުމުގެ ބޭނުން ވަރަށް ސާފެވެ. އެއީ މަޖިލީހުގެ ރައީސަށް ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔަސާތު ނުބެލެހެއްޓޭނެކަން ޔަގީން ކޮށްދިނުމެކެވެ. އެވާހަކަ ގަވައިދުގައި ބަޔާން ކޮށްފައި އެވަނީ އެ ޖަލްސާގެ ރިޔާސަތު ރައީސް އިނދެގެން ނުފޫޒެއް ފޯރުވުމުގެ ފުރުސަތު ރައީސަށް ނުލިބޭނެ ކަން މެންބަރުންނަށް ކަށަވަރުކޮށް ދިނުމުގެ ގޮތުންނެވެ.

    މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު ހުށަހަޅަން ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭ ނައިބުރައީސް، ޖަލްސާއަށް ސަލާން ބުނެ ޖަލްސާއަށް ހާޒިރެއް ނުވެއެވެ. ނައިބު ރައީސް އެ ޖަލްސާއަށް ހާޒިރުނުވި ނުވުމަކީ ސަބަބަކަށް ހަދާ މަޖިލީހުގެ ޖަލްސާ ކެންސަލްކުރި ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފު ކަމެކެވެ.  

    ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ވާނީ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވައިދުގައި އޮވެގެން ނައިބު ރައީސް ހާޒިރު ނުވުމުން ޖަލްސާ ކެންސަލް ކުރިއިރު ނޯޓިސް ދިން ތާރިހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހު އޮންނަ ޖަލްސާއަށް ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅަން ޖެހޭ ކަމަށް އޮންނަ އޮތުމާ ހިލާފް ވެއެވެ. 

    އަނެއް ކޮޅުން މަޖިލީހުގެ ގަވައިދުގައި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން ޖެހޭކަމަށް ވަކި މާއްދާއެއްގައި އޮތް ނަމަވެސް ނައިބު ރައީސް ހާޒިރުވެ ރިޔާސަތު ބަލަހައްޓަން ޖެހޭ ޖަލްސާއަކަށް ނައިބު ރައީސް ހަޒިރުނުވާނަމަ ހަދަން ޖެހޭގޮތުގެ ފަރުވާ ގާނޫނު އަސާސީގައި އެބަ އޮތެވެ.   

    ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ވަރަށް ރަނގަޅަށް އެކަމުގެ ހައްލު ދައްކާދީފައިވެއެވެ. އެ މާއްދާގައިވަނީ " ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބުރައީސެވެ. ރައީސާއި ނައިބުރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ގަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ" އެވެ. އެހެން ކަމުން ނައިބު ރައީސް ނެތިގެން ވަކި ދުވަހަކު ބޭއްވުމަށް ގަވައިދު ލާޒިމުކުރާ ޖަލްސާއެއް ނުބާއްވާ މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ހައްގެއް މަޖިލީހުގެ އިދާރާއަކަށް ނުއޮންނާނެއެވެ. މަޖިލީހުގެ ރައީސް ވަކިކުރާ ގަރާރު ހުށަހަޅަން ޖެހޭ ޖަލްސާ ނުބާއްވާ މަޖިލީހުގެ އަމީން އާންމު ގާނޫނު އަސާސީ މުގުރާލީއެވެ.  

    ]]>
    Sun, 29 Oct 2023 11:20:03 +0500 ހީރަސްނިއުސް
    މުއިއްޒު ހުވާކުރެއްވުމަށްފަހު ޔާމީން ޖަލަށް https://heerasnews.com/1950 https://heerasnews.com/1950 ރިޔާސީ އިންތިޚާބް 2023ގެ ރަސްމީ ނަތީޖާއަކީ ހިސާބު ޢަދަދެއް ނޫނެވެ. އެއީ މީހެކެވެ. އެމީހާ އަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުއްލާ ޔާމީން ޢަބްދުލްގައްޔޫމެވެ. ޝަރުޢީ ހުކުމެއް އޮތަތީވެ ނިމިދިޔަ އިންތިޚާބްގައި ވާދަކުރެއްވުމުގެ ފުރްޞަތު ނެތުމުން އެމަނިކުފާނު ބޭނުންފުޅުވީ ޕީޕީއެމުން ވާދަ ނުކޮށް އިންތިޚާބް ބޮއިކޮޓް ކުރުމަށެވެ.

    ސަބަބަކީ ޕީޕީއެމުން އެހެން މީހަކު ނުކުމެއްޖެ ނަމަ  އެމަނިކުފާނަށް  އޮތް އިދިކޮޅު ލީޑަރުކަން ގެއްލި އާދައިގެ ގައިދީ އަކަށްވެ ޖަލުގެ 4 ފާރުގެތެރެއަށް ރައީސް ޔާމީން މާޒީވެ ދާނެތީއެވެ.

    އެމަނިކުފާނު ވިދާޅުވިގޮތާ ދެކޮޅަށް 3 ހާސް ހަމަނުވާ ޕީއެންސީ ކިޔާ ޕާޓީ އަކުން ފަހުވަގުތު ލޮނދި ހިކައެއްހެން ދެމިގަނެ ޑރ. މުއިއްޒު ރިޔާސީ ޓިކެޓް ހޯއްދެވި ގޮތާމެދު އަދިވެސް ސުވާލު ކުރާ މީހުން އެބަތިއްބެވެ.

    މާކުރިން އިލެކްޝަންގެ ފޯމްތައް ފުރާ މުއިއްޒުގެ ސޮއިކޮށް ތައްގަނޑު ޖެހުމަށް ފަހު ތައްގަނޑުތަށް ވެސް ގެއްލުނު ވާހަކައެވެ. 

    އަދުރޭގެ އިތުރަށް މިކަންކަން ހިންގުމުގެ އަޑީގައި ތިބީ ފުލުހުންނާ ސިފައިންގެ މަތީ ރޭންކް ތަކުގައި ކުރިން އުޅުނު އޮފިސަރުން ކަމަށް ކިޔައެވެ.

    ރައީސް ޔާމީން އޮންނެވީ ޖަލުގައެވެ. އެކަމަކު އެމަނިކުފާނު އެވެނި މިވެނިހެން އަންގަވައިފިއޭ ކިޔައިގެން ޕީޕީއެމްގެ ޢާންމު މެމްބަރުންނަށް އެތައް ވާހަކަ އެއް އޭރު އަންގަމުން ދިޔައެވެ. އަދި އަދަށް ވެސް ނޭނގޭ ކަމަކީ އެއިން އެއްވެސް ވާހަކައެއް ރައީސް ޔާމީނު އެންގެވިތޯ ނުވަތަ ނޫންތޯއެވެ. ވީނުވީ ސާފުވިއިރު ނައިބު ރައީސް ސެންބެ ވެސް ހުރީ ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ސޮއި ކުރުވާފައެވެ. 

    ކެމްޕޭން ހިނގިއިރު އެންމެ ބޮޑު ފޮޓޯ ހުރީ ރައީސް ޔާމީންގެއެވެ. އެންމެ ގިނައިން ކިޔަނީ އެމަނިކުފާނު ނަންފުޅެވެ. އެންމެ ގަދަ ކުލައަކީ ފިޔާތޮއްޓެވެ. ފަހު ދުވަސްކޮޅު ދެތިން ފަހަރު މެޑަމް ފާތުންގެ މޫނުފުޅު ފެނުނު ގޮތުން ވެސް ލައްކަ ގޯސް އަޑީގައި ހިނގާ ކަމަށް ޝައްކު ވާހާ ވެއެވެ.

    ކޮންމެ ގޮތެއްވިޔަސް ތާއީދު އޮތީ ރައީސް ޔާމީނަށް ކަން މަންޒަރު ތަކުން ސާފުވެއެވެ. ވީމާ މުއިއްޒުގެ އަނގައިގަ އެއްބައި އޮއްވާ ރައީސް ޞޯލިޙް އެވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ. އެކަމަކު އެމަނިކުފާނަކީ ދިރިހުރި މީހަކަށް ވެސް ނުވިއެވެ. ރައްޔިތުންގެ ތާއީދު އޮތް ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ދެން ދެއްވޭނެ އެންމެ ބޮޑުލުއި ރައީސް ޞޯލިހް އެވަނީ ރައީސް ޔާމީނަށް ދެއްވާފައެވެ. އެއީ ގޭބަންދުން ރަށުބަންދަށް އެމަނިކުފާނު ވީއްލެވުމެވެ.  

    ވެރިއެއްގެ ގޮތުގައި ޕީޕީއެމް މެމްބަރުންގެ އިޙްސާސް ތަކަށް ރައީސް ޞޯލިހަށް އިހްތިރާމް ކުރެއްވޭނީ އެވަރަކަށެވެ. ސްމޫތު ޓްރާންސިޝަން އަށް ޖާގަ ދެއްވުމަށްފަހު ނޮވެމްބަރ 17 ގައި އެ މަނިކުފާނު ރައީސް ކަމުން ވަކިވެ ވަޑައިގަންނަވާނެއެވެ. އޮތް ބިރަކީ އޭގެ ފަހުން ރައީސް ޔާމީން އަނބުރާ ގޭބަންދަށް ނުވަތަ ޖަލަށް ގެންދާނެ ކަމުގެ ބިރެވެ. 

    ކުރާނެކަމެއް ނެތެވެ. ރައީސް ޞޯލިހަށް ގާނޫނުން ތަންދޭ އެންމެ ބޮޑަކަށް ރައީސް ޔާމީން މިނިވަން ކުރައްވައިފިއެވެ.

    ]]>
    Sun, 29 Oct 2023 01:03:36 +0500 ހީރަސްނިއުސް
    މުއިއްޒުގެ އަދަވާތްތެރިއަކީ އެމްޑީޕީއެއް ނޫން. https://heerasnews.com/1947 https://heerasnews.com/1947 އެމްޑީޕީއަކުން އިންތިހާބީ ރައީސް ހުވާ ކުރެއްވިޔަ ނުދޭކަށް ނޫޅެއެވެ. ރީތިގޮތުގައި ސަރުކާރު ބަދަލުކުރުމަށް އެއް ބާރުލުން ނުދިއެއް ނޫޅެއެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ގައުމު ހަލަބޮލި ކުރާކަށް އެއްވެސް ކަމެއް ނުކުރެއެވެ. އެމްޑީޕީން ސައިޒު އޮޅިގެން ނޫޅެއެވެ.

    ދެވަނަ ބުރުގެ ނަތީޖާ އިއުލާންކޮށް ނިމުމުގެ ކުރީން ބަލި ގަބޫލުކޮށް އިންތިހާބީ ރައީސަށް މަރުހަބާ ކިޔުމުގެ ކެރުންތެރިކަން އެމްޑީޕީގައި ހުރިކަން ވަނީ ސާބިތު ކޮށްދީފައެވެ. ވެރިކަން ބަދަލު ކުރުމުގެ ކަންކަން ހަމަޖެއްސުމަށް އެހީތެރި ވުމަށް އިސްވެ ބޭފުޅަކު އައްޔަނުކޮށް ބަދަލުގެ ކަންކަން އޮމާން ކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ފުރިހަމައަށް ދަނީ ދެމުންނެވެ. ނަތީޖާ ގަބޫލުނުކޮށް މުޒާހަރާކޮށް ޝަރީއަތަކަށް ނުދެއެވެ.

    ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެ ހެޔޮވެރިކަމެއް ކުރެއްވުމަށް ޑރ.މުއިއްޒަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ އެމްޑީޕީން ދީފައެވެ. އެހެން ކަމަށްވާނަމަ އިންތިހާބީ ރައީސް ގާނޫނީ ގޮތުން މަގާމްގެ ހުވާކުރެއްވިޔަ ނުދޭން އެމްޑީޕީ އެއްވެސް ކަމެއް ނުކުރާނެ ކަން ޔަގީނެވެ.

    އިންތިހާބީ ރައީސް ދައުލަތް ހިންގުމާ ހަވާލުވުމުގެ ހުރިހާ ކަމަކީ އެއިން ކަމެއްގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލެއް އުފެދޭ ކަމެއް ކަމުގައި ވުމަކަށް އެމްޑީޕީ ނޭދެއެވެ. އެކަމަކީ އެއްވެސް ރައްޔިތަކު ވެސް އެދޭނެ ކަމެއް ނޫނެވެ.

    ހުވާ ކުރެއްވުމުގެ އިޖްރާތު ސައްހަ ނޫންކަމުގެ ސުވާލު އުފައްދައިގެން ވެރިކަމަށް ލޮޅުން އަރުވާލުމަށް ފުރުސަތު އެ ހޯދަނީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަކީ އިތުބާރު ނެތިގެން މަޖިލީހުގެ 49 މެންބަރުން ސޮއިކޮށް މަޖިލީހުގެ ރިޔާސަތުން ބޭރުކުރުމަށް ހުށަހަޅާފައިވާ ބޭފުޅެކެވެ. މަޖިލިސްގެ ރައީސް ވަކިކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާތެއް ވޯޓަށް އެހުމުގެ ޖަލްސާ ނޫން ވަނީ ފުރިހަމަ ވެފައެވެ. މަޖިލީހުގެ އިތުބާރު ގެއްލިފައިވާ ރައީސްގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާ ލައްވާ ގާނޫނީ ހުވާ ކުރުވަައިގެން ހުވާ ކުރުވުމުގައި ގާނޫނީ ސައްހަކަމެއް ނެތޭ ކިޔައިގެން މުއިއްޒުގެ ވެރިކަން ހަރާބު ކުރަން ނިކުންނަނީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު މިހާރު ކުރަން އެއުޅެނީ އެކަމެވެ.  އެމްޑީޕީން ކުރަން އުޅޭކަމަކީ ނަޝީދަށް އެފުރުސަތު ނުދިނުމެވެ. އެހެންކަމެއް ނޫނެވެ.

    ރައީސް ނަޝީދުގެ ހެޔޮ ނިޔަތް އޮތްނަމަ އިސްތިއުފާދީ އިތުބާރު އޮތް ރައީސަކަށް ރިޔާސަތު ދޫކޮށްލީހެވެ. ނޫނީ މަޖިލީހުން އިތުބާރު ނެތްތޯ އޮތްތޯ ބެލުމަށް ވޯޓް ނަގަން ފުރުސަތު ދިނީހެވެ.

    އެހެނެއް ކަމަކު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމަށް ހަގީގީ އަދާވާތްތެރިޔާ އޮޅިއްޖެއެވެ. އިސްވެ ބަޔާންވެ ދިޔަ ސަބަބަށް އެކަނި ބެއްޔަސް މުއިއްޒުގެ ހަގީގީ އަދަވާތްތެރިއަކީ ރައީސް ސޯލިހެއް އެމްޑީޕީއެއް ނޫންކަން އެނގެއެވެ. މިހާރު މުއިއްޒުގެ ހަގީގީ އަދާވާތްތެރިއަކީ ރައީސް ނަޝީދެވެ.

    ]]>
    Fri, 27 Oct 2023 16:38:12 +0500 ހީރަސްނިއުސް
    އަންނިއާއި ޔާމީނުގެ ކޮރަޕްޝަން ފެނަކައިން https://heerasnews.com/1943 https://heerasnews.com/1943 ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ އެކި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ރައީސް ޔާމީނުގެ ވެރިކަމުގައާއި އޭގެކުރިން ހިންގާފައިވާ މުއާމަލާތްތަކުގެ ފައިސާ ތަކެއް އަނބުރާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފެނަކައަށް އަންގައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިވަގުތު ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުން އެބަދެއެވެ.

    އެސީސީން ތަހުގީގުކުރާ ފެނަކައިގެ މައްސަލަތަކުގެ ތެރެއިން 2018 ގެ ކުރިން ހިންގާފައިވާ މުއާމަލާތް ތަކެއްގެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވާކަން ފެނަކައިން ވެސް ކަށަވަރުކޮށް ދެއެވެ. ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކުގައި ހޯދަން އޭސީސީން އެންގި 20 މިލިއަނަކީ 2012 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެން ފެށިގެން މިއަދާ ހަމައަށް ހިންގާފައިވާ އެކި މުއާމަލާތްތަކުގެ ފައިސާ ކަމަށް ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެއެވެ. 

    ފެނަކައިން ބުނާގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ ހަތަރު މުއާމަލާތަކާ ގުޅުންހުރި ފައިސާއެވެ. 

    އަނބުރާ ހޯދަން އޭސީސީން އަންގަފައިވާ 20 މިލިއަން ރުފިޔާ:

    • ސަދަން ޔުޓިލިޓީ ކުންފުނީގެ ކުރީގެ ފިނޭންސް ޑިރެކްޓަރު ކިޔަވަން ދިއުމަށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނާ 240،000ރ.
    • އަމިއްލަ ކުންފުންޏަކާ އެކު 2015 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަން ޖެހޭ ޖޫރިމަނާ ފައިސާ އުނި ނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރުމުގެ ސަބަބުން އެ ކުންފުންޏަށް (ފެނަކަ) އަށް ލިބުނު ގެއްލުމަށްވާ 1،017،170.44ރ.
    • ޑޮލަރު ގަތުމަށް 2016 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކުރި މުއާމަލާތަކުން ލިބެން ޖެހޭ 17،857،970.10ރ.
    • ފެނަކައަށް ބޭނުންވާ ބިލިން ސޮފްޓްވެއާއެއް ހޯދަން 2017 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކޮށްފައިވާ މުއާމަލާތަކުން ފެނަކައަށް ގެއްލިފައިވާ 1،389،342ރ.

    ސަދަން ޔުޓިލިޓީ ކުންފުނިތަކަކީ ރައީސް ނަޝީދު ވެރިކަމުގައި އުފައްދާ ހިންގިތަންތަނެވެ. އެކުންފުނިތައް އެއްކޮށްލައިގެން ފެނަކަ އުފެއްދެވީ 2012 ގައި ރައީސް ވަހީދެވެ. އޭރުއްސުރެ ފެނަކައިގެ ތެރޭގައި ކޮރަޕްޝަން އޮތީ އަށަގަނެފާ އިންތިހާ ދަރަޖައަށެވެ. އޭސީސީން މިހާތަނަށް ވެސް ވަނީ އެކަންކަން ނުބަލާ ވަރަށް ބޮޑަށް އިހުމާލުވެފައެވެ. 

    އެހާ ކުރީގެ ކަންތައްތަކެއް ކުއްލިޔަކަށް އިންތިގާލީ މަރުހަލާއެއްގައި އޭސީސީން ތިލަކޮށް ލުމުމުގައި ސިޔާސީ މަސްލަހަތު އޮތްކަމަށް ބެލެވެއެވެ. ކުއްލިޔަކަށް އޭސީސީ ބާރުވެރިވެރި ވީތޯ ސުވާލު ކުރެވޭ ވަރުވެއެވެ. ކުރިން ރައީސް އޮފީހާ ފެނަކައިގާ ބުނެލައިގެން އެކަންކަން ނުކޮށް މިހާދުވަހު މަޑުން ތިބީތީ އޭސީސީގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދެއެވެ.

    ]]>
    Wed, 25 Oct 2023 15:24:22 +0500 ހީރަސްނިއުސް
    އެގާރަ އަހަރުން ރައީސް ކަމަށް https://heerasnews.com/1941 https://heerasnews.com/1941 އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސަމާސާ ބޭފުޅެއް ނޫނެވެ. ރާއްޖޭގެ ސިޔާސި ކުޅި ހިނގާ މަގަށް ލޯހުޅުވިފައި ހުންނެވި ބޭފުޅެކެވެ. ރަގަނޅު ވަގުތު ރަނގަޅު ފިޔަވަޅު އަޅުއްވަން ދެނެވަޑައިގެން ކުރިއަށް ވަޑައިގެންނެވި ބޭފުޅެކެވެ. ފަހަތައް ޖެހިވަޑައިގަންނަވާ ދަނޑިވަޅުގައި ފަހަށް ޖެހިވަޑައިގެން އެނގަކުރި ހިއްޕަވަމުން ގެންދެވީ އަޖައިބެއްހާ މޮޅަށެވެ.

    އެންމެ ފުރަތަމަ ރާއްޖެ ސިއްސުވާލި ނުމޮށޭ ގުރައަކީ ރައީސް ސޯލިހެވެ. ހަމަ ހިމޭން 25 އަހަރުގެ ސިޔާސީ ހަޔާތަކަށް ފަހު އެމަނިކުފާނު ވެރިކަން ހޯއްދެވީ ވެރިކަމަށް ވަޑައިގެންފާނެ ކަމަށް އޭގެ ކުރިން އެއްވެސް މީހަކު ހީވެސް ނުކޮށް ތިއްބައެވެ. ފަސް އަހަރަށް ފަހު ރައީސް ސޯލިހަކީ މާޒީއަށް ބަދަލު ކޮށްލެއްވީ ޑރ. މުއިއްޒެވެ.

    ސިޔާސީ ގޮތުން ރާއްޖެ ސިއްސުވާލި ނުމޮށޭ ދެ ގުރައިން އެއްގުރައަކީ މުއިއްޒެވެ. ޑރ. މުއިއްޒަކީ މީގެ އެގާރައަހަރު ކުރިއަކުން ގިނަ ބަޔަކު ދަންނަ ބޭފުޅެއް ނޫނެވެ. އަމްދުން ސިޔާސީ ގޮތުން މަތިހަށި ނަންގަވައިގެން އުލުއްވާތީއެއް ނުފެނެއެވެ. 2004 ގެ ފަހުން ރާއްޖެ ދުށް ސިޔާސީ ހަލަބޮލި ކަމުގެތެރޭގައި ނަންކިޔޭ ބޭފުޅަކަށް މުއިއްޒު ނުވެއެވެ. 

    ޑރ. މުއިއްޒުގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ އަދާލަތު ޕާޓީންކަމަށް ބެލެވެއެވެ. އަދާލަތުގައި އުޅުއްވި ދުވަސްވަރު ވެސް އެ ޕާޓީގެ ތެރެއިން މާބޮޑު ވިދުވަރެއް މުއިއްޒުގެ ނެތެވެ. ޑރ.މުއިއްޒު ސިޔާސީ މައިދާނުން ފާޅުވީ ރައީސް ނަޝީދުގެ އިސްތިއުފާއަށް ފަހު އުފެދުނު ރައީސް ވަހީދުގެ ކެބިނެޓުންނެވެ. އަދާލަތު ޕާޓީގެ ސްލޮޓްގައި ހައުސިންގް މިނިސްޓަރގެ ގޮތުގައެވެ. 

    ރައީސް ޔާމީނުގެ ކެބިނެޓުން މުއިއްޒު ޖާގަ ހޯއްދެވީ ސްލޮޓް އޮތް އެންޑީއާއި ގުޅި ވަޑައިގެންނެވެ. ވަޒީރު ކަމުގައި ހޭދަކުރެއްވި ހަތް އަހަރަކީ ވެސް މާބޮޑަށް ސިޔާސީވެ ވަޑައިގެން އުޅުއްވި ދުވަސް ތަކެއް ނޫނެވެ. ސިޔާސީ ވެގެން އުޅުއްވުމަށްވުރެ ބޮޑަށް އިސްކަން ދެއްވީ ހިދުމަތުގައި ނަތީޖާ ނެރެ ދެއްވުމަށެވެ.

    ރައީސް ޔާމީނުގެ ވެރިކަން ނިމި ޕީޕީއެމް މަގުމަތިވީ ވަގުތު ޕީޕީއެމަށް ބަދަލުވެ ވަޑައިގެން ޕީޕީއެމަށް ސިޔާސީ ބާރުވެރިކަން ހޯއްދަވާ ދެއްވީ މާލޭ މޭޔަރުކަން ހޯއްދަވައިގެންނެވެ. މޭޔަރުކަމުގައި ނަތީޖާ ނެރެދެއްވާ މީހުންގެ ލޯބި ހޯއްދެވިއެވެ. 

    ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއް އަތުވެދާނެ ކަމަށްޓަކާ ދުރާލާ ވިސްނާވަޑައިގެން ތައްޔާރުވެ ވަޑައިގަތީ ޕްރޮގްރެސިވް ކޯލިޝަންގައި ބައިބައިވުން ނުއުފެދޭނޭ ގޮތަށެވެ. ފަހު ވަގުތު ޖެހެންދެން ވެސް ރައީސް ޔާމީނަށް ޖާގަ ދެއްވައިގެނެވެ. 

    ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ގޮތަށް ގާނޫނީ އޮޅިތައް ގައިމު ވެގެން ދިޔައިރު ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރެވޭހާ މުހުލަތު ގަވައިދުގައި ނެތުމުން ޕީއެންސީއަށް ބަދަލުވެ ވަޑައިގެން ޕްރޮގްރެސިވް ކޯލިޝަން ސަލާމަތް ކުރެއްވީ ގައުމަށްޓަކައެވެ. މުއިއްޒު ރާއްޖޭގެ ސިޔާސި ބޮންތި ހާސިލް ކުރެއްވީ އެންމެ އެގާރަ އަހަރުގެ ސިޔާސީ ފަތުރަމުންނެވެ.

    ]]>
    Tue, 24 Oct 2023 15:00:12 +0500 Chief Editor
    މަރުވި މީހާއަށްވުރެ މަރާލިމީހާ ދިރިހުރުމުގެ ހައްގުބޮޑު https://heerasnews.com/1939 https://heerasnews.com/1939 ކުޑަ ކުއްޖަކު މަރާލުމަށް ފަހު ކުށް ސާބިތުވުމުން މަރަށް މަރު ނުހިފުނެވެ. 2015 ވަނަ އަހަރު އައިޖީއެމްއެޗު ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު މަރާލީ އޭރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ. ކުޑަ ކުއްޖާ މަރާލި 18 އަހަރު ނުފުރޭ ކުއްޖާގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުވުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅީ ކުށް ސާބިތުވި 18 ނުފުރޭ ކުއްޖާއަށް 19 އަހަރު ވީފަހުންނެވެ.
    ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާގެ (ނ) އިސްތިސްނާގެ ގޮތުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން، ގާނޫނުލް އުގޫބާތުގެ 53 މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން ވެސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް ކުށުގެ ޒިންމާ ނަގަންޖެހެއެވެ. މިފަދަ ކުށްތަކަށް އެކުއްޖެއްގެ މައްޗަށް އަދަބު ކަނޑައަޅަން ވާނީ އެ ކުއްޖެއްގެ އުމުރުން 18 އަހަރު ފުރިހަމަ ވުމަށް ފަހުގައެވެ.
    29 މާޗު 2015 ވަނަ ދުވަހުގެ 3:13 ހާއިރު، އައިޖީއެމްއެޗު ސަރަހައްދުގައި ކުޑަކުއްޖަކު މަރާލި 18 ނުފުރޭ ކުއްޖާގެ މައްސަލައިގެ އިސްތިއުނާފް ހައިކޯޓުން ނިންމީ އޭނާގެ އުމުރުން 24 އަހަރުވީ ފަހުންނެވެ. މައްސަލަ އިސްތިއުނާފް ނިމިގެން ދިޔައީ އަލަށް އަމަލު ކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތަށެވެ. އަލަށް އަމަލު ކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނަނީ އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ޝަރީއަތުން ސާބިތު ވެފައިވާ ކުށަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެެވެ.
     ތޫނު އެއްޗަކުން ހަމަލާދީގެން މަރުވެދިޔަ ކުޑަކުއްޖާގެ ފުރާނައިގެ އަގަށްވުރެ ބޮޑުވެގެން ދިޔައީ މަރުގެ ހަމަލާ ދިން ކުއްޖާގެ ފުރާނައެވެ. ހައިކޯޓުގެ ނިންމުން އައީ އަނިޔާ ލިބުނު ކުއްޖާގެ ވާރިސުން ބޭނުން ވަނީ އަނިޔާ ލިބުނު ކުއްޖާ މަރާލި ބައެއްގެ ކިބައިން ގިސާސް ހިފުން ކަމުގައި ވިޔަސް މައްސަލަ ރައްދުވާ ކުއްޖާ އަކީ ކުށް ކުރިއިރު 18 އަހަރު ނުފުރޭ ކުއްޖެއް ކަމުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން މިހާރު މައްސަލަ ރައްދުވާ ކުއްޖާގެ ކިބައިން ގިސާސް ހިފޭން ނެތް ކަމަށެވެ.
    ހައިކޯޓުގެ އެނިންމުމާ ގުޅިގެން އެނގި ކަށަވަރުވީ އަނިޔާވެރިކަމާއެކު މަރާލައިގެން މަރުވެ ދިޔަ ކުއްޖާގެ ދިރި ހުރުމުގެ ހައްގަށްވުރެ އެކުއްޖާ މަރާލި ކުއްޖާ ދިރި ހުރުމުގެ ހައްގު މާބޮޑުކަމެވެ. ގާނޫނުތައް ވަކި ގޮތަކަށް ބައްޓަންވެފައި ހުރުމުން ހުކުމް ކުރާން ތިބޭ ފަނޑިޔާރުންނަށް ވެސް ހުކުމް ކުރުމުގައި އެހެން ގޮތެއް ނެތޭ ބުނާ ކަހަލައެވެ.
    މައްސަލާގައި ފަނޑިޔާރަކު ފާޅުކުރި އޭނާގެ ރައުޔުގައި ބުނެފައިވެއެވެ. " އޭނާ ( ގަތުލުވެ ދިޔަކުއްޖާ) މިއަދު އެ ވަނީ ގާތިލެއްގެ ޝިކާރަކަށްވެ މަރުވެގެން ގޮސްފައެވެ. ވީމާ، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ދައުވާގައި ބަޔާން ކުރާ ކުއްޖާ މެރިކަމުގެ ކުށް ސާބިތުވުމުން ދިރިހުރުމުގެ ހައްގަކީ ޝަރުއީ އަދި ދުސްތޫރީ ހަމައަކުން ވެސް އޭނާއަށް ލިބިދެވޭނެ ހައްގެއް ނޫނެވެ. ވީމާ، ދިރިހުރުމުގެ ހައްގުގެ ވާހަކަ ދައްކަން ޖެހެނީ، މަރާލެވުނު މީހާއަށް ވެސް އެ ހައްގު ހަމަ އެ މިންވަރަށް އޮތްކަން ވިސްނުމުގައި ބަހައްޓައިގެން ކަމަށް ދެކެމެވެ." އިސްވެ ދިޔަ ކަންކަން ފަނޑިޔާރުންނަށް ފާހަގަ ކުރެވޭ އިރު އެއާއި ހިލާފަށް ހުކުމް ކުރެވޭނީ އިސްލާމީ ޝަރީއަތާ ހިލާފަށް ހެދިފައި ހުންނަ ގާނޫނުތަކުން ބަނދެވިފައި ތިބެގެންނެވެ.
    ]]>
    Mon, 23 Oct 2023 13:29:45 +0500 ހީރަސްނިއުސް
    ރާއްޖެއިން ހައްދުފަނައެޅި ޖަމާއަތްތަކަށް ފަންޑުކުރޭ: އިޒުރޭލް https://heerasnews.com/1930 https://heerasnews.com/1930 އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒުރޭލުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ. މިގޮތަށް އިޒްރޭލުން އެންގީ ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް ދިވެހިން ތިބީ އެ ގައުމާ އެކު ކަމަން ހާމަކުރަމުން ދާތީ އިއްޔެއެވެ.

    އިޒްރޭލާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ވަރުގަދަވަމުން އަންނަ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ބަޔާނުގައި ބުނެފައިވެއެވެ. މި ދުވަސްވަރު އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރު ނުކުރުމަށް އެ ބަޔާން ބުނެއެވެ.

    އިޒްރޭލު މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލް ސަރުކާރުން އެދުނު އިރު ދިވެހިން އަންނަނީ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. ރާއްޖެ އިން ހޯދާ ފައިސާ ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ކިޔާ ޖަމިއްޔާއަކުންނެވެ. ފަލަސްތީނު ފަންޑަށް ރާއްޖެއިން ވަނީ އެންމެ ފަހުންވެސް 15 މިލިއަން ރުފިޔާގެ އެހީ ދީފައެވެ.

    އިންސާނީ އެހީގެ ގޮތުގައި ދިވެހިން ފޯރުކޮށްދޭ އެހީ އިޒްރޭލުން ސިފަކުރަނީ ޓެރެރިޒަމަށް ވާ އެހީގެ ގޮތުގައެވެ. ރާއްޖެއަކީ ހަމާސް ފަދަ ހައްދުފަނަ އަޅާފައިވާ ޖަމާއަތްތަކަށް ފަންޑުކުރާ ތަނެއް ކަމަށް އިޒްރޭލުން ރާއްޖެއައިސް އުޅޭ ފަތުރު ވެރިއަކު ވެސް ވަނީ ބުނެފައެވެ. އޭނާ އެހެން ބުނީ ރާއްޖެ އިން ފަލަސްތީނަށް އެހީތައް ވަމުން ދާތީއާއި ދިވެހިން ފަލަސްތީނާއެކު ތިބި ކަމަށް ވާތީއެވެ. އިޒްރޭލްގެ ޓޫރިސްޓުން އާންމުކޮށް ރާޅާ އެޅުމަށް ރާއްޖެއަށް ޒިޔާރަތް ކުރެއެވެ.

    އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބުދަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައި ރާއްޖެ އިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެ އަޑު އުފުލާފައެވެ. ދިވެހި ސަރުކާރުން އަބަދުވެސް ފަލަސްތީނުގެ މީހުންގެ ދިފާއުގައި އަޑު އުފުލާ ބައިނަލްއަގްވާމީ މައިދާނުގައި ފަލަސްތީން މީހުންގެ ހައްގުތައް ދިފާއު ކުރެއެވެ.

    އަނެއްކޮޅުން ދިވެހިން ތިބީ ފަލަސްތީނުގެ މީހުންނާ އެކު ކަމަށް ހާމަކުރުމަށް އެއްވުންތައް ބާއްވައި ފަލަސްތީނުގެ ދިދަތަކާއި ބެނާތައް ދެމުން ފަދަ ކަންކަން ފުޅާ ދާއިރާއެއްގައި އަންނަނީ ކުރަމުންނެވެ.

    ]]>
    Fri, 20 Oct 2023 19:58:44 +0500 ހީރަސްނިއުސް
    1.18 މިލިއަނުން ފެނަކަ ދަރުވާލީ ޔާމީނު https://heerasnews.com/1928 https://heerasnews.com/1928 އަޑަށް ބާރުލާފާ އެންމެން އެންމެނަށް ދައްކަނީ ފެނަކަ ކޯޕަރޭޝަންގެ ދަރަނީގެ ވާހަކައެވެ. ފެނަކައިގެ ދަރަންޏަކީ އެކުންފުނި އުފެދުނީއްސުރެ ބޮޑުވަމުން އުފެލެމުން އައި އެއްޗެކެވެ. 18 ޖެނުއަރީ 2012 ގައި ފެނަކަ އުފެއްދީއްސުރެ އެކުންފުންޏަކީ ދަރަނިން މިންޖުނުވެ ދަރަނީގެ ބުރަ އުފުލަމުން އައި ކުންފުންޏެކެވެ. އެގޮތުގައި 2019 އާއި ހަމައަށް ފެނަކަ އައިރު އޮތް ދަރަންޏާ ގާތަށްވެސް އެކުންފުނީގައި އޭރު އެސެޓެއް ނެތެވެ.

    ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތްދޭ ގިނަ ރަށްރަށުގައި އޭރު ހުރީ އެ ރަށްރަށުގެ ރައްޔިތުން އަތުން ވާރުތަވީ ގެދަނބުޅި އިންޖީނުގެތަކަކާއި ބައު ޖަނަރޭޓަރު ތަކެކެވެ. އަމްދުން އެއްވެސް ފެންވަރެއް ހުރި ނެޓްވޯކެއް ރަށެއްގައި އޮތީ ހާލަކުންނެވެ. ރަށްރަށުން ކަރަންޓް ކެނޑުމާ ކަރަންޓް ކެނޑިގެން ރަށްރަށުގެ ރައްޔިތުންގެ އަގުބޮޑު އާލާތަށް ލިބުނު ގެއްލުން ކޮޅެއް ނެތްހާ ގިނައެވެ. ކަރަންޓް ހަމަޔަށް ނުލިބުމުން މީހުނަށް ލިބުނު ގެއްލުން ވަކީން ކުޑައެއް ނޫނެވެ. 

    ޒަމާނީ ފެންވަރަށް މަދުރަށެއްގައި އިންޖީނުގެތައް އެޅިޔަސް އެތަންތަނުގެ މަސައްކަތުގެ އަގު ނުލިބިގެން ކުރި ޝަކުވާގެ އަޑު އޭރުވެސް ކަނޑައިގެން ނުދެއެވެ. އިންޖީނުތަކާއި އިންޖީނުގެތަކުގެ އައުބާތުރަ ފިލުވުމަކީ އުފުލަން ޖެހިފައި އޮތް އެހާމެ ބޮޑު ތަކުލީފެކެވެ. ރަށްރަށުގެ ކަރަންޓްގެ ހިދުމަތް އެހާ ދޯހަޅި ދޯދިޔާކޮށް އޮތް އިރުވެސް 1.183 މިލިޔަން ރުފިޔާގެ ދަރަނި ފެނަކައިގައި އޮތްކަމަށް 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބުނެއެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެން އިރު ފެނަކައިގެ ހާލަތަކީ އެއީ އެވެ. 

    2019 އިން 2022 ވަނަ އަހަރަށް ދިޔައިރު ފެނަކައިގެ ދަރަނި އަރާފައި ވަނީ 1.9 މިލިއަން ރުފިޔާއަށެވެ. އެހެން ކަމުން ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނަކައިގެ ދަރަންޏަށް އިތުރުވީ 0.717 މިލިޔަން ރުފިޔާއެވެ. ކުރީގެ ސަރުކާރުން ވިޔާދާ ގޮތެއްގައި ހިދުމަތް ނުދޭތާ އެކަށީގެންވާ ގޮތެއްގައި އެސެޓެއް ހޯދާނުދީ 2019ގެ ކުރިން 1.18 މިލިޔަނުން ފެނަކަ އޮތީ ދަރުވާލާފައެވެ.   

    ކުރީގެ ދަރަނީގެ ތެރެއަށް ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 4 އަހަރު ތެރޭގައި 0.717 މިލިޔަން އިތުރުވީއިރު ހޯދިފައި ހުރި އެސެޓާއި ހިދުމަތަށް އައި ހެޔޮ ބަދަލުގެ ވާހަކަ އެއް ނުދައްކައެވެ. ދަރަންޏާއި ނުބައްދަލު އަދަދަކަށް ފެނަކައިން ރައުސުލްމާލު އިތުރު ކޮށްފައިވާކަން އެނގޭ ކަމަކަށް ނުހަދައެވެ. ކުރިމަގަށް އޮތް ނަފާވެރި ކަމުގެ ހަގީގަތަށް ވިސްނާލި މީހަކު ނެތެވެ. 

    ރައީސް ސޯލިހުގެ ވެރިކަމުގައި 17،000 ކިލޯމީޓަރުގެ ކޭބަލް ރާއްޖޭގެ އެކި ރަށްރަށުގައި ދަމާފައިވެއެވެ. 101 ރަށެއްގައި ފެނަކައިގެ ނެޓްވޯކް ގާއިމު ކޮށްފައިވެއެވެ. 313 ޖަނަރޭޓަރު ސެޓް ބަހައްޓާ،ފައިވެއެވެ. 77 ރަށެއްގައި އާ އިންޖީނުގެ އަޅާފައިވާއިރު، 20 ރަށެއްގައި މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. 135 ރަށެއްގައި ފެނަކައިގެ އޮފީސް ގާއިމުކޮށް، 13 ރަށެއްގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެއެވެ.

    މިފްކޯގެ 14 އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް ހިދުމަތް ދެއެވެ. އެތައް ރަށެއްގައި ފެނާ ނަރުދަމާ ނިޒާމް ގާއިމުކޮށް އަނެއްބައި ރަށްރަށުގައި މަސައްކަތް ދަނީކުރިއަށެވެ. 

    ދުރު މުސްތަގުބަލަށްޓަކާ ރައްޔިތުންގެ ލާބައަށް މިހިގާ ދައުރުގައި ދަރަންޏާ ނުބައްދަލު ކާމިޔާބުތަކަށް ޝުކުރުވެރިވުން ހައްގެވެ. 

    ]]>
    Thu, 19 Oct 2023 20:43:47 +0500 ހީރަސްނިއުސް
    މުއިއްޒަށް ރިސޯޓް އޯނަރުން ބޮލެއް ނުލެންބޭނެ https://heerasnews.com/1925 https://heerasnews.com/1925 ރިސޯޓް މުއައްޒަފުންނަށް އިންތިހާބީ ރައީސް ފޮނި އުންމީދު ތަކެއް ދެއްވިޔަސް ކަމަކު ނުދާނެއެވެ. އަމަލީ ގޮތުން ނެރެދެއްވަންވީ ނަތިޖާއެވެ. ފުރަތަމަ ދިވެހިންނޭ ނަމެއްގައި ވިދާޅުވުމަކުން ދިވެހިން ފުރަތަމަ ވީކަމަކަށް ނުވާނެއެވެ. ރައީސް ކަމުގައި ހުންނަވައިގެން ރިސޯޓް އޯނަރުންގެ މަސްލަހަތަށްވުރެ ދިވެހި މުއައްޒަފުގެ މަސްލަހަތު އިސްކުރެއްވޭ ވަރުގެ ކެރުންތެރިކަން މުއިއްޒުގެ ކިބައިގައި ހުރެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. 

    ގާނޫނަކުން ލާޒިމު ނުކޮށް އޯނަރުންނާ މަޝްވަރާކޮށްގެން ރިސޯޓް މުއައްޒަފުންނަށް ރަނގަޅު ގޮތެއް ނުހެދޭނެއެވެ. ހަދާކަށް ފުރުސަތެއް ނުދޭނެއެވެ. އެންމެފަހުން ސަރުކާރުން ޖެހޭނީ ރިސޯޓު އޯނަރުންނާ އެއްކޮޅަށް ދީލާލާށެވެ. ރިސޯޓް މުއައްޒަފުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ގޮތެއް ހަދާ ދިނުމަކީ ސަރުކާރަށް ކުޅަދާނަ ކަމެއް ނޫނެވެ. ގާނޫނަކުން ކުރަން ލާޒިމު ކުރިޔަސް ވާނީ ކުރަންބޭނުން މަދުކަމެއްގެ ކުޑަ މިންވަރެކެވެ.

    މުއައްޒަފުންގެ އަސާސީ މުސާރަ އެކަށީގެންވާ މިންވަރެއްގައި ހިފަހައްޓާ ލެވުނީވެސް މިނިމަމް ވޭޖް ގާނޫނުން ލާޒިމު ކުރުމުންނެވެ. އެކަން ބަދަލުނުވެ މިހާތަނަށް އެއޮތީވެސް މުއައްޒަފުންގެ ވަރުގަދަ ކަމުންނެވެ. މުއައްޒަފުން ކިރިޔާ ދުލެއް ދިނަސް އެކަން ބަދަލުކޮށްލާނެއެވެ. ސާރވިސް ޗާޖް ވަކި ގޮތަކަށް ލާޒިމު ކުރުމުން ވެސް ހުރިހާ ރިސޯޓެއްގައި އެއް އުސޫލަކުން އެކަމެއް ނުހިނގައެވެ. ހާއްސަކޮށް ގިނަ ދިވެހި މެނޭޖުމަންޓްތައް އެކަމުގައި އޮތީ ފޭލިވެފައެވެ. ހަމަގަސްދުގައި ފޭލި ކޮށްލަނީއެވެ. މުއައްޒަފުންނަށް ކޮށްދޭން މަޖުބޫރު ކުޑަ މިންވަރަށްވުރެ އިތުރަށް ރަނގަޅު ނުވާނެ ހުރިހާ ގޮތެއް ރޭވިގެން ދަނީ ހަދަމުންނެވެ. 

    މުޅި ޓޫރިޒަމް އިންޑަސްޓްރީ އޮތީ ރިސޯޓް އޯނަރުން މުއައްޒަފުން ގާނައިގެން އޯނަރުންގެ ޖީބުތައް ފުރާ އިންޑަސްޓްރީއެއްގެ ގޮތުގައެވެ. މުއައްޒަފުންނަށް ރިސޯޓް ހިއްސާ ދޭންވެސް ސަރުކާރުން މަސައްކަތް ކުރިއެވެ. ދެވުނު ހެއްޔެވެ. ނުދެވެއެވެ. ދިނަކަ ނުވެސް ދޭނެއެވެ. ރާއްޖޭގެ ޓައިކޫނުންގެ ކަމަކީ ދައުލަތުގެ މިލްކިއްޔާތު ބޭނުންކޮށްގެން ކުއްޔާ ޓެކްސްގެ ގޮތުގައި ކުޑަ މިންވަރެއް ސަރުކާރަށް ދައްކައިގެން އެ މީހުންގެ ޖީބުތައް ފުރުމެވެ. އެވަރު ބަޔަކު މުއައްޒަފުންނަށް ކޮށްދޭނީ ކޮން ރަނގަޅު ކަމެއް ހެއްޔެވެ. 

    އަވަށްޓެރި ގައުމުތަކުން ވަޒީފާއަށް މީހުންގެނެސްގެން އެ މީހުންނަށް ކުޑަ އެއްޗެއް ދީގެން ގެންގުޅެނީ ދިވެހިން ލިބެން ނެތިގެނެއް ނޫނެވެ. ދިވެހިންނަށް އުޅެވޭވަރުގެ އާމްދަނީއެއް ލިބޭނެ ގޮތް ހަދައިދީގެން ގެންގުޅުމަކީ ބޭނުންވާ ކަމަކަށް ނުވާތީއެވެ. ބޭރު މީހުން ގެންގުޅެނީ މުއައްޒަފުންނަށް ކުޑަ ހޭދައެއްކޮށްގެން ބޮޑު ފައިދާއެއް ހޯދުމުގެ ބޭނުމުގައެވެ. 

    ރިސޯޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔާ ޓެކްސް ނުދައްކާ އެކި ބަހަނާ ދައްކާ ދިވެހި މުއައްޒަފުން ވީހާވެސް މަދުން ގެންގުޅެނީ އޮޅިގެނެއް ނޫނެވެ. ކޮންޓްރެކްޓް އުސޫލުން ބޭރުން މުއައްޒަފުން ހޯދުމުން ޕެންޝަނާ މިނިމަމް ވޭޖާ އެހެންހުރި ކަންކަން ކޮށްނުދީ ފަރު ޖައްސާލެވެއެވެ. މުޅި ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މުއައްޒަފުންނާ ގުޅޭ ހުރިހާ ކަމެއްހެން ހިންގަނީ މަކަރާ ހީލަތުންނެވެ. ކަންކަން ކުރަންވީ ރަނގަޅު ގޮތަށް ކުރެވެން ނެތިގެނެއް ނޫނެވެ. ގަސްދުގައި ރަނގަޅު ނުކުރާން ވެގެންނެވެ. 

    ރިސޯޓް މުއައްޒަފުންނަށް މުސާރަ އިތުރުކޮށްދީ މަސައްކަތުގެ ރަނގަޅު މާހައުލެއް ހޯދާދީ ޗުއްޓީއަށް ރަނގަޅުގޮތް ހޯދާދީ ހައްދަވާ ދެއްވާނެ ކަމަށް މުއިއްޒު ތިޔަ ވިދާޅުވާ "ރަނގަޅު ގޮތް" ސާފުކޮށް ދެއްވަން އެބަ ޖެހެއެވެ. ރިސޯޓުތަކުގެ އިސް މަގާމު ތަކުގައި ދިވެހިން ބައިވެރި ކުރެވޭ ގޮތާއި މިންވަރު ޝައްކެއް ނެތް މިންވަރަށް ސާފުކޮށް ދެއްވަން ޖެހެއެވެ. މުސާރަތަކާ އިނާޔަތްތައް ތަރުތީބު ވެގެން އަމަލީ ގޮތުން ހިނގާތަން ފެންނަން ޖެހެއެވެ.

    ހަމަ ތެދެކެވެ. ހަދާ ތަންފީޒު ނުވާ ގާނޫނާ ގަވައިދަކާ އުސޫލަކުން ކެކޭނެ ރިހައެއް ނޯންނާނެއެވެ. ވެރިކަމުގައި ހުއްޓަސް ރިސޯޓު އޯނަރުންނަށް ކަމެއް ލާޒިމު ކުރުވުމުގެ ހިއްވަރެއް މުއިއްޒެއް ކަމަކު ނުހުންނާނެއެވެ. 

    ]]>
    Thu, 19 Oct 2023 14:48:16 +0500 ހީރަސްނިއުސް
    ހުރިހާ ގެއްލުމެއް އިންޑިއާއިން ކޮނޑުއަޅަންޖެހޭ ސަބަބެއްނެތް https://heerasnews.com/1921 https://heerasnews.com/1921 ބައިނަލްއަގުވާމީ މީޑިއާ އަކަށް އިންތިހާބި ރައީސް ޑރ. މުއިއްޒު ބަސްދީގަތުމެއް ދެއްވީ އަލްޖަޒީރާއަށެވެ.  އިންތިހާބީ ރައީސް ޑރ. މުއައްޒު ދެއްވި ބަސްދީގަތުމުގެ ބަލާގާތްތެރި ކަމާއި އެ މަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ހުނަރުގެ ފޭރާން ހެޔޮދެރަ ކަމުގެ ވާހަކައަށް ދާކަށް ނެތީމެވެ. އިލްމީ ގޮތުން ބަސްދީގަތުމުގެ މޮޅު ދެރަ މިނެ ކިރާކަށް ވެސް ނެތީމެވެ.

    އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމުގައި އިންތިހާބީ ރައީސްއަށް ކުރިމަތިވެ ވަޑައިގެން އެންމެ ބޮޑު އެއްސުވަލަކީ އިންޑިއާ އައުޓުގެ ސުވާލެވެ. ބޭރުން ވިޔަސް އެތެރޭން ވިޔަސް ޑރ. މުއިއްޒަށް ކުރިމަތިވެ ވަޑައިގަންނަވާނެ އެންމެ ވަރުހުރި އެއްސުވާލަކަށް އިންޑިއާ އައުޓްގެ ސުވާލު ވާނެއެވެ. ވެރިކަން ހޯއްދެވުމަށް އެންމެ ބޮޑަށް ޑރ. މުއިއްޒު ވިއްކެވީ އިންޑިއާ އައުޓެވެ. އެހެންކަމުން އެސުވާލަކީ ތަކުރާރުވޭވޭ ހުންނާނެ ބޮޑު ސުވާލެކެވެ.

    އިންޑިއާ އައުޓް ކުރެއްވުމަކީ ޑރ. މުއިއްޒަށް ނުކުރައްވާ ހުންނެވެން އޮތް ކަމެއް ނޫނެވެ. ކޮންމެ ފަދަ އަގެއް ދައްކަވައިގެންވެސް އިންޑިއާ އައުޓް ކުރައްވަން ޑރ. މުއިއްޒަށް މަޖުބޫރުވެ ވަޑައިގަންނަވާނެއެވެ. ކަމަކީ ހައްސާސް ކަމެކެވެ. ދުވަހެއްގެ އިރު އޮއްސިފައި އިރު އަރަން ވާއިރަށް ކޮށްނިންމާލެވޭ ޒާތުގެ ކަމެއް ނޫނެވެ.

    ރާއްޖޭގައި އިންޑިއާ ސިފައިން ތިބިއްޔާ ތިބޭނީ އިންޑިއާގެ ވަރަށް ބޮޑު ބޭނުމެއް އޮވެގެންނެވެ. ބޭނުމެއް ނެތި ވައިގެ އުޅަނދުތަކާއި ސިފައިންތަކެއް ފޮނުވާފައި ނުބައިތިއްބާނެއެވެ. އެންމެ ސިފައިންގެ މީހަކުވެސް ސަމާސާއަކަށް ފޮނުވާފައި ނުބަހައްޓާނެއެވެ. އެއްވެސް ގައުމަކުން  ކުރާނެ ކަމެއް ނެތިގެން  ކުރާކަހަލަ ކަމަކަށް އެފަދަ ކަންކަން ނުވާނެއެވެ. އެހެން ކަމުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބިނަމަ އިންޑިޔާގެ ހިތުން ރުހުމުން ރާއްޖެއިން އިންޑިއާ ސިފައިންނެއް ނުބާލާނެއެވެ. ގަދަކަމުން އެމީހުން ބޭރުކޮށް ލުމަކަށް ރާއްޖެއަކަށް ކުޅަދާނައެއްވެސް ނުވާނެއެވެ. 

    ދެގައުމުގެ ގިނަގުނަ މަޝްވަރާ ތަކަކަށް ފަހު އިންޑިއާ ސިފައިން ފަހަރެއްގައި ރާއްޖޭން ބޭލިވެސް ދާނެއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބިއްޔާ އެބަޔަކު އިންޑިއާއިން ބާލާނީ އެންމެ ފަހު ގޮތަކަށެވެ. މަސްލަހަތަށްޓަކާ މަޖުބޫރީ ހާލަތެއްގައި ހިތާ ދެކޮޅަށެވެ. އެހާލަތަކީ އެހާ ފަސޭހައިން އައުން ގާތް ހާލަތަކަށް ނުވާނެއެވެ. 

    ރާއްޖޭން އިންޑިއާ ސިފައިން ބޭލުމަށް ފަހު އިންޑިއާއިން ރާއްޖެއަށް ނަގާފައިވާ ލޯނުތަކަށް ލުއިހޯދާނެ ކަމަށް ވެސް މުއިއްޒު އެބަ ވިދާޅުވެއެވެ. އަލް ޖަޒީރާއަށް ދެއްވި ބަސްދީ ގަތުމުގައިވެސް މުއިއްޒު އެހެން ވިދާޅުވިއެވެ. ބައެއް ލޯނުތައް މައާފުކޮށް ދޭން ރާއްޖޭން އެދޭނެ ވާހަކައާއި އެހެން ބައެއް ލޯނުތަކަށް ލުއިތައް ހޯދުމަށް އެދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ތެދެކެވެ. ލޯނު ތަކެއް މާފުކޮށް ދިނުމަށާއި ލޯނު ތަކަކަށް ލުއިތަކެއް ހޯދުމަށް ރާއްޖޭން އެދެވިދާނެއެވެ.

    ލޯނު ތަކެއް މާފުކުރުމަށާއި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދަން ކިތަންމެ ވަރަކަށް ރާއްޖޭން އެދުނަސް އެކަންވަނީ އިންޑިއާއިން ކޮށްދިނިއްޔާ ކޮށްދިން އިރަކުންނެވެ. ޑރ. މުއިއްޒު ކިތަންމެ ޔަގީން ކަމާއެކު އެހެން ވިދާޅުވިޔަސް އެ ވާހަކަފުޅު ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ވިދާޅުވާހެން އެކަން ވުމަށްވުރެ ނުވުން ކައިރިކަމަށް ބެލެވެތީއެވެ. އެހެން އެކަންވުން ދުރީ ހުރިހާ މޮޅެއް ރާއްޖެއަށް އޮންނަ ގޮތަށް ކޮންމެ ކަމެއްގައި އިންޑިއާ ކޮމްޕްރަމައިޒްވެ ހުރިހާ ގެއްލުމެއްގައި އިންޑިއާއިން ކޮނޑުއަޅަންޖެހޭ އެއްވެސް ސަބަބެއް ނެތީމައެވެ.

    ]]>
    Tue, 17 Oct 2023 13:12:15 +0500 ހީރަސްނިއުސް
    ދަފްތަރު މީހުންގެ އަޑުއުފުލާދޭނެ މެންބަރަކުނެތް: އަލީ ހުސައިން https://heerasnews.com/1918 https://heerasnews.com/1918 ދަފްތަރު މީހުންގެ އަޑުއުފުލާދޭނެ މެންބަރަކުނެތް ކަމަށާއި މާލޭ ދަފްތަރު މީހުން ތަމްސީލުކުރާ ގޮނޑިތަކެއް މަޖިލީހުގައި ހުންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ. އުސްތާޒު އަލީ ހުސައިން އެކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސިއަށް އިސްލާހު ގެނައުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށައަޅުއްވާފައިވާ ހުށަހެޅުމަކަށް މަޖިލީހުގައި ބަހުސް ކުރައްވަމުން މިއަދުއެވެ. ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ މަޖިލީހުގައި ދާއިރާތައް ތަމްސީލްކުރާ މެންބަރުންގެ އަދަދާއި ގުޅޭގޮތުން ހުށައަޅާފައިވާ އިސްލާހެކެވެ.

    މާލޭ ހާއްސަ ދަފްތަރުގައި 15000އާއި 20000އާއި ދެމެދުގެ ރައްޔިތުން ޖެހިފައިވާކަމަށާއި ޤާނޫނު އަސާސީގައި ބަޔާން ކުރާގޮތަށް އެރައްޔިތުންނަށް ވެސް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވުމުގެ ޙައްޤު ހަމަހަމަކަމާއެކު ލިބެންޖެހޭ ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ހުސައިން ވިދާޅުވާގޮތުން މަލޭ ހާއްސަ ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް އެމީހުން ނިސްބަތްވާ ވަކި ދާއިރާއެއް ނެތުމުން އެމީހުނަށް މަޖިލީހުގައި ތަމްސީލު ވުމުގެ ފުރުސަތެއް ނުލިބެއެވެ. ދަފްތަރު މީހުންނަކީ ރައްޔިތުންގެ މަޖިލީހުގައި އެމީހުންގެ އަޑުއުފުލުުމުގެ ޙައްޤުން މަހުރޫވެފައިވާ ބައެކެވެ. 

    ކޮންމެ އިންތިޚާބަކާ ދިމާކޮށް އެ މީހުން ކޮންމެވެސް ދާއިރާއަކަށް އެބަ ބަހާލާކަމަށް މެންބަރ އަލީ ހުސައިން ތުހުމަތު ކުރެއްވިއެވެ. އަލީ ވިދާޅުވަނީ ދަފްތަރު މީހުން ރިޔާސީ އިންތިޚާބުގައި ވޯޓު ދޭން ޖެހެނީ މަޖިލިސް އިންތިޚާބުގައި ވޯޓުދޭ ދާއިރާއަކަށް ނޫނެވެ. ކައުންސިލް އިންތިޚާބުގައި އެމީހުނަށް ވޯޓުލާން ޖެހެނީ މުޅިން އެހެން ދާއިރާއަކަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. ދާއިމީކޮށް އެމީހުންނަށް ތިބެވެންޖެހޭ ދާއިރާއެއް އޮންނަންޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ދަފްތަރުގެ ރައްޔިތުންނަށް ޚާއްސަ ގޮނޑިތަކެއް މަޖިލީހުގައި ކަނޑައެޅުމަކީ މިކަމަށް އޮތް ޙައްލުކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. 

    އަލީ ވިދާޅުވާ ގޮތުގައި "އީސީއަށް ލިބޭ ބާރެއް އެއީ ދަފްތަރަށް ވަކި ގޮނޑިތަކެއް އުފެއްދުން. މިހާރުން މިހާރަށް ކުރަންޖެހޭކަމެއް އެއީ. ދަފްތަރު ދާއިރާ 1،2،3 މިގޮތަށް ދަފްތަރުގެ ރައްޔިތުންނަށް ޚާއްސަ ދާއިރާތައް މަޖިލީހުގައި އުފައްދަންޖެހެ"އެވެ.

    އިންތިޚާބުތަކުގައި މާލޭގެ ރައްޔިތުންގެ ގޮތުގައި ވޯޓުލެވޭ ދަފްތަރުގައި ރަޖިސްޓްރީ ވެގެންއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އެހެނިހެން މަޝްރޫޢުތަކުގައި މާލޭގެ ރައްޔިތުންނަށް ލިބިގެންވާ ހައްގު ނުލިބި ވަރަށް ބޮޑަށް ތަފާތު ކުރާކަމަށް ވިދާޅުވެ އުސްތާޒް އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. 

    ]]>
    Mon, 16 Oct 2023 16:06:25 +0500 ހީރަސްނިއުސް
    ބާލަންޏާ ބާލަންވީ ސިފައިންނެއް ނޫން& އެސްބީއައި https://heerasnews.com/1916 https://heerasnews.com/1916 ހެޔޮ ނިޔަތުގައި ކޮށްދޭ ރަނގަޅު ކަންކަން ބަލައިނުގަނެ ޝައްކުގެ ނަޒަރުން ބަލާ ބަޔަކާ މެދު ދެކޭގޮތް އެނޫން ބަޔަކާ އެއްގޮތެއް ނުވާނެއެވެ. ނަމެއްގައި އޮންނަ ގާތް ރަހުމަތްތެރިކަމަކާ އިތުބަރާ ޔަގީން ކަމާއެކު ދަމަހައްޓާ ގުޅުމަކާ އެއްގޮތެއް ނުވާނެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރުކޮށްގެން އުފައްދާ ގާއިމުކޮށްފައި އޮންނަ ގުޅުމުގެ ތެރެއިން ކުރެވިފައި ހުންނަ ކަންކަން ރޫޅާލާ ކުރާ އިތުބާރު ކުޑަވާ ގޮތަށް ކަންކަން ކުރަމުން އިހުއޮތް ގުޅުން އެގޮތުގައި އޮންނާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. 

    އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ފާރަވެރިވުމަށާއި ރާއްޖޭގައި ހިންގާ ރެސްކިއު އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ވައިގެ މަގުން ހިނގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށްޓަކާ އެއްބަސްވުމެއްގެ ދަށުން ދެތިން އުޅަދާއި އެކަމާގުޅޭ މަސައްކަތުގައި ކޮންމެހެން ތިބެންޖެހޭ މަދު ބަޔަކު ތިބި ތިބުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވާންޖެހޭ ސަބަބެއް ނެތެވެ. އެހެން ނަމަވެސް އެ މީހުނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކެންޕޭނު ހިންގާ އިންތިހާ ދަރަޖައަށް ދެކޮޅުވެރިކަން ފާޅުކޮށް އެމީހުން ބޭރު ނުކޮށް ކުރާނެ އެހެން ކަމެއް ނެތް ވަރަށް އެ މީހުންނާ މެދު ބިރުވެރިކަން ފެތުރުމަށް ފަހު ވެރިކަން ލިބުމުން އިންޑިއާ އައުޓް ކޮށްފާ އިންޑިއާ އެކު ރަނގަޅު ގުޅުމެއް ބޭއްވި ދާނެކަމަށް ހިކުރުން ބުއްދިވެރިއެއް ނޫނެވެ.

    އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ރާއްޖޭގެ މިނިވަންކަން ގެއްލޭކަމަށް ވެގެން އެ މީހުން ބާލާފާ އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރުމަކީ ވެސް މޮޔަކަމެކެވެ. އެކިފަހަރު މަތިން ދީފައިވާ ލޯނު ތަކަށް ލުއިދީ ބޭނުންވާ ހުރިހާ ކަމެއް އެދޭހާ ގޮތަކަށް ކޮށްދޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކޮށްދިނިއްޔާ ކޮށްދޭނީ ނުނެއްޓެވޭވަރުގެ އެހެން މަޅިއަކަށް މެހޭ ގޮތަށެވެ.

    ބުނަން ހެއްޔެވެ. ރާއްޖޭއަށް އިންޑިއާއިން ނުފޫޒު ފޯރުވަންޏާ ފޯރުވަނީ އަސްކަރީ ގޮތަކުން ނޫނެވެ. އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދަންޏާ ދާނީވެސް އަސްކަރީ ނުފޫޒަކުން ނޫނެވެ. އަސްކަރީ ގޮތުން ރާއްޖެ އަޅުވެތި ކުރަން އިންޑިއާ ބޭނުންނަމަ އެކަމަކީ އެމިހުނަށް އެހާ އުދަނގޫ ކަމަކަށް ނުވާނެއެވެ.

    އެހެނެއް ނޫނެވެ. ރާއްޖޭން އިގުތިސޯދީ މަންފާތައް ކިތަންމެހާވެސް ބޮޑަކަށް އިންޑިއާ ނަގައެވެ. އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުންނެވެ. ރާއްޖޭގެ އިގްތިސާދުގެ ކޮންޓްރޯލު އިންޑިއާ އަތުގައި އޮންނަތާ ކިތަންމެ ޒަމާނެކެވެ. އަދި އަދަށްވެސް އެކަމަކަށް ހުއްޓުމެއް ނާދެއެވެ.

    ގައުމީ ބޭންކެއް އުފެދުމުގެ އެތައް ޒަމާނެއް ކުރިއްސުރެ ފެށިގެން ރާއްޖޭގެ މާލީ ނިޒާމުގެ އެންމެ ބޮޑު ބައިވެރިއަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ. ރާއްޖޭގައި ހިންގާ އެންމެ ބޮޑެތި ވިޔާފާރިތަކުގެ ބޭންކިންގ ޕާޓްނަރަކީ ވެސް ހަމަ އިންޑިއާއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އުނގުތެރޭގައި ނެތް ބޮޑު ވިޔާފާރިއެއް އިންވެސްޓްމެންޓެއް ނެތޭ ބުނުމަކީ ދޮަގަކަށް ނުވާނެއެވެ.

    ތިބިކަމަށް ބުނާ ސިފައިން ބޭލިޔަސް އިންޑިއާ ކިބައިން ރާއްޖެ ސަލާމަތް ވާކަށް ނެތެވެ. ރާއްޖޭގެ މާލީ ބާރުވެރިކަން އޮތީ އިންޑިއާ މުށުތެރޭގައެވެ. އިންޑިއާގެ ކިބައިން ރާއްޖެ ސަލާމަތްވާން ބޭނުންނަމަ ސިފައިން ބޭލުމުގެ ކުރީން ކެރެންޏާ އެންމެ ފުރަތަމަ އިންޑިއާ ބޭންކް ރާއްޖެއިން ބާލާށެވެ. 

    ]]>
    Mon, 16 Oct 2023 13:40:28 +0500 ހީރަސްނިއުސް
    ނަމުން ކާނަލް ކެނޑި ބާގީ ބޯދަށުލީ ފިސްތޯލަ https://heerasnews.com/1907 https://heerasnews.com/1907 ސައިޒަށްވުރެ ބޮޑެތި ބޫޓަށް އަރައިގެން އުޅެންޏާ ލައްކަ ކެހި ލިބޭނެއެވެ. ހޫރާލާ ފައިން ނެއްޓިގެން ދާ ބޫޓު އަމިއްލަ ބޮލުގައި އައިސް ޖެހޭ ފަހަރުވެސް އަންނާނެއެވެ. އަޅާކޮންމެ ފިޔަވަޅަކަށް ފުންނާބުން ބަޑިވެސް ޖަހާނެއެވެ. އަތްގުޅި ނުކާވަރު ކަންކަމަށް މެހިގަނެގެން ނެތްމޮޅު ހޯދަން އުޅެންޏާ ކޮންމެ މީހަކަސް  ލިބޭނީ ލަނޑެވެ.

    ކަމަކާ އުޅެގަތުމުގެ ކުރިން ރަށެއްގެ ގޮނޑު ދޮށުގައި ހިނގާލާފައި ވެސް ނެތީތާއެވެ. ގޮނޑުދޮށުގައި ހިނގާލެވިފައި ހުރިނަމަ ވަރުވަރުން ކޮނެފާ ހުރި ކަކުނި ހޮރުތައް ފެނުނީހެވެ. ކޮންމެ ކަކުންޏެއް ވެސް ހޮރު ކޮނެފައި ހުންނާނީ އެ ކަކުންޏެއްގެ ވަރުންނެވެ. 

    ސިފައިންގެ ޔުނީފޯމު އަޅައިގެން ގުންފައި ޖަހާފައި ދުންފިނި ހަރުގެ ރޫޅާލަން އިސްވެ އުޅުނު މީހަކު ދުށީމެވެ. ދެވަނަ ބާރަ ތޭރައިގެ ދުވަހުގެ ރޭގައެވެ. ފުރަ މެންދަމުއެވެ. ފިސާރި ސަމަންތަރު ހުރި އަސްކަރީ ފަހުލަވާނެކެވެ. އެ މީހެއްގެ ކަންތައް ކިހާވަރަކުން ދާނެ ބާއޭ އޭރުވެސް ހިތަށް އެރިއެވެ.

    އެތާކު އެވީކަމެއްވެ ނިމުނުތާ ދުވަސް ގަނޑެއް ފަހުން އިވުނީ ސިފައިގެއިން ކަނޑާލައިގެން ކޯޓަށް ދިޔަ ވާހަކައެވެ. ކޯޓު އަމުރަކުން ގެއްލުނު ދުނިޔެ ހޯދައިގެން ވަނތް ގޮތަށް ވަދެ މޭފުރާ އިތުރު މެޑެލި ޖަހައިގެން މުސްކުޅިވެގަތެވެ. ރިޓަޔަރޑް ކާނަލަކަށް ވެގެންނެވެ. 

    ކަމަކު ދާކަށް ނެތެވެ. ގިނަ ދުވަހެއް ނުވެ ބަގާވާތަކުން ވެރިކަމެއް ވައްޓާލަން ވަދެހުރީ ސިފައިންގެ ތެރޭގައެވެ. ވައްޓާލަން އުޅުނު ވެރިކަން ވެއްޓި ނަމުގެ ކުރީގައި އޮތް ކާނަލް ކެނޑި ނަމުގެ ކުރިއަށް ބާގީ ލަގަބު ލިބިއްޖެއެވެ. އެއްކޮޅު މީހުންނާ، ދެކޮޅު މީހުން ވެސް ބާގީއެއް ކަމަށް ދެކި ނިމިއްޖެއެވެ. ވައްޓާލި ވެރިކަމަށް ފަހު އުފެދުނު ބަގަވީ ސަރުކާރުގެ ދިފާއީ ވަޒީރުކަން ގަޔަށް ހެޔޮވަރުވިއެވެ. 

    އޭގެ ފަހުން އުފެދުނީ ބަގާވާތުގެ ރޫހީ ލީޑަރަށް ކޯޓުން ވެރިކަން ހޯދާދިން ސަރުކާރެވެ. އެ ސަރުކާރުގެ ދިފާއީ ވަޒީރުކަމަށް ވެސް އެންމެ ފައްކާވީ ބަގަވީ ސަރުކާރުގެ ވެސް ދިފާއީ ވަޒީރެވެ. ދެނަކާ ދެނެއް ނެތެވެ. އުތުރު ކަރައިގެ އުގަށް ގައުމުގެ ދިފާއީ ކަންކަން ވައްޓާލިއެވެ. ދުނިޔޭގެ މާފިޔާ ގޭންގް އާތަރ ބްރަދަރސްގެ ދެބެންގެ މިތުރަށްވެ މުޅި ގައުމާއި ސަރަހައްދުގައި ދަނޑިމަތި އަނބުރަން ފެށިއެވެ. ދެންމެ ދެންމެ ވެރިކަން ފިރުކައިގެންފާނެކަން ކަށަވަރު ވުމުން ފިސްތޯލަ މަޅީގައި ޖަލުގެ ތޭރިތަކުގެ ފަހަތުގައި ގައިދުކޮށްލިއެވެ. 

    ހިހޫތަނުން ކާން ލިބުނު ބޮނޑިބަތެއްގައި ޖަލުން ނިކުމެވުނެވެ. އެވަރުންވެސް ބާގީ ގާޒީއަކަށް ނުވެވުނެވެ. ދެން ދިމާކުރީ ބޮޑު ސާދާގަރުގެ މުއްޕަތުން ރައްޔިތުންގެ ބޮޑުހަރުގެއަށް ވަންނާށެވެ. ކުރު މަގަކުން ފަސޭހަ ކަމާއެކު އެކަން ވުމުން ކާން ދިން އަތުގައި ދަތްއަޅާ އަމިއްލަ ނަމުގައި ހިޒުބެއް ހަދައިގެން ބޮންތީގައި ހިފަން ފުންމައިގަތެވެ. ރުއްބުޑަށް ގުޅައަކަށް ޖެހެން ވީލަހަކީ ފުންމައިގަންނަން ވީލަހެކެވެ. 

    ޖެހުނު ތަދުގެ ވޭން ހުއްޓާ ބޮޑުފަޅިއަށް އަރާ ލަވަކިޔާ ބުންޒީލަ ހަމަ ކޮށްލިއެވެ. ބޮޑުފަޅި ބޮންތީގައި ހިފުމާއެކު ބޯކިބައިން ބޮޑު ފޮއްޗެއް އަރުތެރެއަށް ދުއްވާލަން އެހުރީ އެއް ރޮއްޖަށް ފޫގަޅައިގެންނެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭހާ ހަކަތަނެތަސް ހިހޫތަނުން ކާންވެގެން އެއޮތި އަނގަ މަޅައިގެނެވެ. ކުރީފަހަރު ބޯދަށުލީ ފިސްތޯލައަކާ ހަމައިން ނިމިއްޖެއެވެ. މިފަހަރު ކިހާވަރަކުން ދާނެ ބާވައެވެ.  

    ]]>
    Wed, 11 Oct 2023 19:54:16 +0500 ހީރަސްނިއުސް
    ޑިމޮކްރެޓްސްގެ އެމްޕީންނަށްވުރެ ގޮތްކުޑަ ބައެއްނެތް https://heerasnews.com/1897 https://heerasnews.com/1897 ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަކަށް މީހަކު ނެރެނީ އެ ޕާޓިއަކުން ލައްކަ އުންމީދު ތަކާއެކުގައެވެ. ގިނަ ފަހަރަށް ވަރަށް ބޮޑެތި ހޭދައާއި މަސައްކަތް ކޮށްގެންނެވެ. މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލާ މީހަކީ ޕާޓީއަކުން ކުރިމަތިލާ މީހެއް ނަމަ އަމިއްލަ ގޮތުން ކުރިމަތިލާ މީހަކަށް އުފުލަންޖެހޭ ތަކުލީފު ތަކެއް އުފުލާކަށް ނުޖެހެއެވެ. އެތަކުލީފުތަކެއް އުފުލަނީ ކުރިމަތިލާ ޕާޓީއަކުންނެވެ. ކުޑަ މިނުން ކުރިމަތިލާ ދާއިރާގެ ރައްޔިތުންގެ ވަކި އަދަދެއްގެ މީހުންގެ ގާތަށް ހިނގައިގެން ސޮއިކުރުވާ ތާއީދު ފޯމުވެސް ހުށަހަޅާކަށް ނުޖެއެވެ. އިލެކްޝަނަށް ދައްކަންޖެހޭ ފީ ވެސް ގިނަ ފަހަރަށް ދައްކާނީ ކުރިމަތިލާ ޕާޓީއަކުންނެވެ. 

    ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތި ލުމުން އެ މީހަކަށް ތާއީދު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ އެ ޕާޓީއަކުންނެވެ. ކެންޕޭނު މެޓީރިއަލާއި އެނޫންވެސް އެތައް ބޮޑެތި ހޭދައަކާއި މަސައްކަތެއް ޕާޓީން ކުރެއެވެ. ދާއިރާގެ ގިނަ ރައްޔިތުން ވޯޓުދެނީ ޕާޓީ ޓިކެޓަށެވެ. އެ މީހުން ނިސްބަތްވާ ޕާޓީގެ ސިޔާސީ ބާރުވެރިކަން އިތުރު ކުރުމަށެވެ. 

    ޕާޓީގެ ޓިކެޓްގައި އަމިއްލަ ބާރުގައި ގޮނޑިއެއް ކާމިޔާބު ކުރެވިފައި ވަނީ ވަރަށް މަދުންނެވެ. މަދު މީހަކަށެވެ. ރާއްޖޭގައި މާމިގިލީގެ ދާއިރާގެ ގޮނޑި ގާސިމް އިބްރާހީމް ކާމިޔާބު ކުރާހެން ވަކި މީހެއް ވެގެން ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވެނީ އެންމެ ދެތިން ހަަތަރު މީހަކަށެވެ. ގިނަ ދާއިރާ ތަކެއްގެ ގޮނޑި ލިބެނީ ވަކި ޕާޓީއެއް ވެގެނެވެ. އާއްމު ރައްޔިތުން ވޯޓްދެނީ ޕާޓީއަށެވެ. 

    މީހާގެ ގައިގާ ހަސްނެތަސް ވަރިހަމަތާއެވެ. ޕާޓީއަކުން ވެސް މަޖިލީހަށް ހޮވާދީފިނަމަ ދުނިޔެ ރަންވެއެވެ. ހޮވާދިން ޕަޓީއާއި ރައްޔިތުންނަށް ވުރެ މެންބަރު ބޮޑުވެފާ ފާޓުފުޅާވެއެވެ. އަމިއްލަ އެޖެންޑާތައް ކުރިއަށް ނެރެ ގޮނޑިއަށް ހޮވާދިން ރައްޔިތުންގެ މަތީން ހަނދާން ނައްތާލައެވެ. ހަށިވިއްކާ ނާސި ބައިގަނޑެކޭ ތަފާތެއް ނެތި ވިކިގަންނަ މީހުން އެހާމެ ގިނައެވެ. އަމިއްލަ މަސްލަހަތުގައި ރައްޔިތުންގެ ރޫހާ ހިލާފަށް ޕާޓީ ބަދަލުކުރުމަކީ އާއްމު ކަމެކެވެ. 

    ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއަށް ދިޔަ މެންބަރުންނަށްވުރެ ވަކީން ގޮތްކުޑަ ބައެއް ތާރީހު ނުދެކެއެވެ. ހިނގަމުންދާ ދައުރުގެ މަޖިލިސްގެ ރައީސާއި ނައިބުރައީސް ކަމުގައި ތިބި ދެމީހުނަށް އެމަގާމު ލިބުނީ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުންނަށް ވީތީއެވެ. ދައުރުގެ ބޮޑުބައެއްގައި އެގޮތުގައި ތިބެފައި ކުއްލިއަކަށް ޕާޓީ ބަދަލުކޮށް މަޖިލީހުގެ ރިޔާސަތަކީ ދަ ޑިމޮކްރެޓްސްގެ އެއްޗަކަށް ހެދުމަށްވުރެ ބޮޑު ގޯހެއް ނުހެދޭނެއެވެ. 

    މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ޕްރޮގްރަސިވް ކޯލިޝަނުން މައިނޯރިޓީ ލީޑަރުކަން ދަ ޑިމކޮރެޓުން ފޭރިގަތް ގަތުމަކީ ކުޑަ ގޯހެއް ނޫނެވެ. ރައްޔިތުން މަޖިލީހަށް އެމީހުން ފޮނުވި ހައިސިއްޔަތު ދޫކޮށްލުމަކީ ޝަހުސު އޮޅުވާލުމެވެ. ޝަހުސު އޮޅުވާލުމަކީ އަދަބު ކަނޑައެޅިފައިވާ ގާނޫނީ ކުށެކެވެ. 

    ޕާޓީ ޓިކެޓަށް ވޯޓު ދީގެން ހޮވިފައި ހުރި މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އެ އަރައިގަނެވުނީ ވޯޓުދިން މީހުންގެ އިންތިހާބީ ހައްގަށެވެ. އިންތިހާބީ ހައްގަކަށް ކިތަންމެ ފަހުން އަރައިގަތަސް އެ އަރައިގަނެވުނީ ކުށަކަށެވެ. މެންބަރުކަމަށް ވާދަކުރަން ޓިކެޓް ދިން ޕާޓީން އެމީހަކާ ދެކޮޅަށް ދައުވާކޮށް އެމީހެއްގެ ގޮނޑި ގެއްލުވާލަން ޖެހެއެވެ.

    ދަ ޑިމޮކްރެޓްސް އިން އިންތިހާބުގައި ވާދަކުރި އެންމެ ގޮނޑިއެއްނެތި ބައެއްގެ ގޮނޑިތަކެއް ލޫޓްވާލައިގެން މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމާއި މައިނޯރިޓީ ލީޑަރުކަން ފޭރިގަތުމަކީ ކުޑަކުޑަ ކަމެއް ނޫނެވެ. ފްލޯކުރޮސިން ގާނޫނެއް ނެތުމަކީ ޝަހުސު އޮޅުވާލުމަށް އޮތް ހުއްޖަތެއް ނޫނެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ޖެހޭނެ ކަމެކެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނުނަގާ އެންމެ ހިނދުކޮޅަކުވެސް ތިބެވިގެން ވާނެކަމެއް ނޫނެވެ.   

    ]]>
    Sun, 08 Oct 2023 12:52:29 +0500 ހީރަސްނިއުސް
    އިންޑިއާ އިން ރައީސް މުއިއްޒު ފިއްތާލުން https://heerasnews.com/1894 https://heerasnews.com/1894 ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ނިންމާލީ އިދިކޮޅު ފަރާތްތަކާ އެކު އޭރު ރާއްޖޭގައި ހުރި އިންޑިއާ ސަފީރު މުލޭ ލައްކަ މީޓިންގތައް ހެދި ފަހުންނެވެ. ސަފާރީ އުޅަނދު ފަހަރުގަައިވެސް އިދިކޮޅު ފަރާތްތަކާ އެކު މުލޭ ބައްދަލުވި ކަމަށް ވެއެވެ. އެހެން ނަމަވެސް އޭރު އޮންނަ ކޮންމެ ރަސްމިއްޔާތެއްގައި ކަހަލައިން ސަފީރު މުލޭ ހުންނަވަނީ ރީނދޫ ޓައީ އަޅުއްވައިގެންނެވެ. 

    ޕީޕީއެމާ އެޕާޓީގެ ބަޅުރުކާ އަސުރުމާ ކުލަ އުފަންވެ އޭރު އަދި ވަޔަކު ނުހިފައެވެ. އޭރު އިދިކޮޅު ހިތްތަކުގައި ބިންވަޅު ނެގިފައިވާ ކުލައަކީ ނުލެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ފަހުކޮޅު ކުއްލިއަކަށް މާލޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބޭރަށް ފެންނަ ކުލަ ނުލަށް ބަދަލުވިއެވެ.  

    އިސާހިތަކު ސަރުކާރު ވައްޓާލުމުގެ ބެރުގެ ބުންޒީލަ ގަދަ ވެއްޖެއެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގައި އިސްކޮށް އޮތީ މަދަނީ އިއްތިހާދު ކިޔައިގެން ނުކުތް ބައެކެވެ. މިބުނާ މަދަނީ އިއްތިހާދުގެ ރޫހީ ލީޑރަކީ ޔާމީނެވެ.

    އެމްޑީޕީ އެބުނާ ފެބްރުވަރީ 7 ގެ ބަޣާވާތް ދޮންވެ ފައްކާވެގެން އައި ގަޑީގައި އެދުވަހު އަބްދުއްލާ ޔާމީން އިންނެވީ އިންޑިއާ އެމްބަސީ ތެރޭގައެވެ. އެ ދުވަހުގެ ހަރަކާތުގެ ކޮމާންޑް ސެންޓަރަކީ އިންޑިއާ އެންބަސީ ކަމަށް އޭރު ކިޔާއުޅުނެވެ. އެއްޗެއް އެބަ ރޭކާލާ ހެއްޔެވެ؟ 

    މިހެން މިކަންވާނެ ސަބަބެއް އޮންނާނެއެވެ. ވިސްނާ ފިކުރު ކުރާށެވެ. ލަހުން ނަމަވެސް ފަހުމް ވާނެއެވެ.

    އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިޔާލު އުފަންވެ އެސްޓީއޯ އިން ފުރަތަމަ ފަހަރަށް މަސައްކަތެއް ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ކުއްލިއަކަށް ވެރިކަން ބަދަލުކޮށް ރޭވެ އަލިވިލިގެން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާ ހަވާލުވި މީހުން އެ އޮފީހުގެ ކޮމްޕިއުޓަރުތައް ކޮޅާލީމާ ވަރަށް ޝައުގުވެރި އެއްޗެއް ފެންނާނެއެވެ. އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން  ކިޔާފައި އޮތް އިހަވަންދިއްޕޮޅުގެ ޓްރާންޝިޕްމަންޓް ޕޯޓް ޕްރޮޖެކްޓްގެ ތަޞައްވުރެވެ. މިއީ އިންޑިއާ ކިތަންމެ ނުރުހުނަސް، ފަތުރުވެރިކަމާ މަސްވެރިކަން ފަހައްޖައްސާ ދިވެހިރާއްޖެ މުއްސަނދި ގައުމަކަށް ވެގެންދާނެ ސިނާޢަތެވެ. އިހަވަންދިއްޕޮޅަކީ ދުނިޔެ ހުރަސްކޮށް ދުއްވާ އާގުބޯޓް ފަހަރުގެ މެދުގައި އޮތް ޓޯލްގޭޓެވެ.  

    މިޕްރޮޖެކްޓް އުފަންވުމުގެ ކުރިން ހެދި އެބޯޝަންގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެެއްޓުނުގޮތާ އެކަން މެދުވެރިވުމުގައި ހުރި އަޑިނޭނގޭ ސަބަބުތައް ގިނައެވެ. ވެރިކަން ވެއްޓުނު ނަމަވެސް ދެން އުފެދުނު ރައީސް ވަހީދާ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިހަވަންދިއްޕޮޅު ޓްރާންޝިޕްމެންޓް ޕޯޓަކީ ރާއްޖެއަށް އެންމެ ފައިދާހުރި ސިނާޢަތު ކަމުގައި ގަބޫލް ކުރިއެވެ.  

    ރައީސް ޔާމީންގެ ވެރިކަމުގައި ކިޔާ އުޅުނު ސެޒް (އެސްއީޒެޑް) ގާނޫނަކީ މިދެންނެވި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަން 3 އަކުރަށް ބަދަލުކޮށް ކުރުކޮށް ކިޔޭނެ ގޮތެވެ. އެޕްރޮޖެކްޓަށް ރައީސް ޔާމީންގެ ސަރުކާރުގައި ކީ އަނެއް ނަމަކީ އައިހެވަން އެވެ. ނަން ތަފާތަސް ކަން ހަމަ އެކައްޗެކެވެ.

    މިދައްކަނީ ޕީޕީއެމްގެ އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސައީދު ވިދާޅުވާ އައިހެވަން ޕްރޮޖެކްޓްގެ ވާހަަކައެވެ. ސައީދުގެ އުފަން ރަށް ހއ. ތުރާކުނާ އިންޑިއާގެ މަލިކާ ދެމެދުގައި ހުރީ 70 ވަރަަކަށް މޭލެވެ. މިހާރުގެ 3 އިންޖީނުއެޅި ގަލްފް ކްރާފްޓް ބޮޑު ލޯންޗެއްގައި ތުރާކުނުން މަލިކަށް ދާން ނަގާނީ 3 ގަޑިއިރެއްހާ ވަގުތެވެ. ވީމާ އިހަވަންދިއްޕޮޅަކީ އިންޑިއާގެ ބެކްޔާޑު ނުވަތަ ފުޅަލި ބިއްދޮށެވެ. އެހެނެކޭ ކިޔާ ބައިނަލް އަގްވާމީ އެންމެ ބޮޑު ރަސް އަނގޮޅި ކަމުގައިވާ މަޝްހޫރު 8 ޑިގްރީ ޗެނަލް އިހަންދިއްޕޮޅާ އިންވެގެން އޮތުމަކީ ދިވެހިންގެ ކުށެއް ނޫންކަން އިންޑިއާ ދަންނަން ވާނެއެވެ.

    އެސަރަހައްދުން ދަތުރުކުރާ ބޯޓް ފަހަރަށް ބޭނުންވާ ބަންކަރިން އަދި ޝިޕްސްޓޯރ އާއި އެހެނިހެން ޚިދުމަތްދޭން އެސްޓީޢޯ އިން ނިންމައިގެން އުޅޭތާ ކިތަންމެ އަހަރެކެވެ. ސަބަބަކީ އެކަން ހަރުތާކު ޖެހިއްޖެ ނަމަ ހުރިހާ ސިނާޢަތަކަށްވުރެ  ބޮޑު އާމްދަނީ އެކަމުން ލިބި ދިވެހިން މުއްސަނދި ވާނެއެވެ. އެމްޑީޕީ ވިޔަސް ޕީޕީއެމް ވިޔަސް އިހަވަންދިއްޕޮޅު ޕްރޮޖެކްޓަކީ ރާއްޖޭގެ މިފަހުގެ ހުރިހާ ވެރިން އެއްބަސްވާ ގައުމަށް އެންމެ ފައިދާ ހުރި ޕްރޮޖެކްޓެވެ. ދިމާވާ އިއްތިފާގަކީ އިހަވަންދިއްޕޮޅަށް އެއްބަސްވާ އެއްވެސް ވެރިޔަކަށް ދެވަނަ ދައުރެއް ނުލިބި ސަރުކާރުތައް ބަދަލު އެޕްރޮޖެކްޓް ހިފެހެއްޓިފައި އޮންނަ އޮތުމެވެ.

    ބައިނަލް އަގްވާމީ ބިޑަށް ގޮސް، ރައީސް ޞޯލިޙްގެ ދައުރު ނިމޭ އިރު އެސްޓީއޯ އިން އެވަނީ އެޕްރޮޖެކްޓްގެ ބައިވެރިޔާ މެދުއިރުމަތީގެ ގަތަރުން ކަނޑައަޅާފައެވެ. އެއާއެކު ދެވަނަ ދައުރު ނުލިބި ރައީސް ސޯލިހު އެވަނީ ވެރިކަމުން އެއްފަރާތް ކުރެވިފައެވެ. ދެން ވެރިކަމަށް ވަޑައިގަންނަވަނީ ޚާއްޞަކޮށް އެޞަރަހައްދަށް ނިސްބަތްވާ ޑރ. މުއިއްޒެވެ. ސުވާލަކީ ތިލަމާލެ ބްރިޖާ ދެންވެސް ހުރި ލޯން ތަކުގެ ބިރަށްޓަކާ އިންޑިއާ އެދޭ ގޮތަށް ޑރ މުއިއްޒު އިހަވަންދިއްޕޮޅު ޕްރޮޖެކްޓް ހިނގިޔަ ނުދީ ހިފަހައްޓާނެތޯ އުފެދޭ ސުވާލެވެ. ކޮންމެ 5 އަހަރަކުން އާ ވެރިޔަކު އައިމާ އެކަމުގައި ބުރެކި ޖައްސާނެ ފުރްޞަތު އިންޑިއާ އިން އެބަހޯދައެވެ.

    ސަރުކާރުތައް ބަދަލުވުމާ އެކު، ރާއްޖޭގެ ސިޔާސީ ވެރިންނާ ނޫސްވެރިންނަށް ދައުވަތު ދީގެން ގެންގޮސް އިންޑިއާގެ ސެޓެލައިޓް ތަކުން ރިއަލް ޓައިމްގައި ރާއްޖޭގެ ރަށްރަށުގައި ދުއްވާ ވެހިކަލް ތަކުގެ ނަމްބަރ ޕްލޭޓް ނުދެއްކިޔަކަސް އިންޑިއާގެ ބާރާ މެދު އަހަރެމެން ފަޚްރުވެރި ވަމެވެ. އިހަވަންދިއްޕޮޅު ޕްރޮޖެކްޓާ ހެދި އެހެން ވެރިންނާ އެއްގޮތަށް ޑރ. މުއިއްޒަށް ފިއްތައިގެން ގެންގުޅެން ނުހަދާށެވެ. އިންޑިއާ އިން ވެސް ނުސީދާ ބިރުދެއްކުމާއި ދިވެހިން ފިއްތާފައި ބޭތިއްބުމުގެ ބަދަލުގައި ރާއްޖޭގެ ކުރިމަގަށް ހެޔޮއެދެން ޖެހެއެވެ. އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޑރ. މުއިއްޒަށް އެއްބާރުލުން ދޭންޖެހެއެވެ. އެއީ ރާއްޖޭގެ ހުރިހާވެރިން އެއްބަސްވާ ޕްރޮޖެކްޓެވެ.

    ]]>
    Sat, 07 Oct 2023 14:22:02 +0500 ހީރަސްނިއުސް
    ޔާމީނަށް: ދެން ވެރިކަން ކުރާނީ ސިފަކުރި ފަދަ މިނިކާބާޒެއް! https://heerasnews.com/1893 https://heerasnews.com/1893 ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަކީ ރައީސް މައުމޫނު އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. ޑީއާރުޕީގެ ލީޑަރޝިޕް އަހުމަދު ތަސްމީނު އަލީ އަށް ލިބިވަޑައިގަތުމުން އެ ޕާޓީގެ ޒައީމް ރައީސް މައުމޫނު އެ ޕާޓީން ބާކީވެ ވަޑައިގަތުމުން އުފެދުނު ޒައީމް ފެކްޝަން (ޒެޑް ފެކްޝަން) އަކީ ފަހުން ޕީޕީއެމް އެވެ. ޕީޕީއެމް ގެ ބަނީއަކީ އަދި ރައީސް އަކީވެސް ރައީސް މައުމޫނެވެ. 

    2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ވަޑައިގެން ޕީޕީއެމާއި ގުޅިވަޑައިގެން ޕީއޭގެ ލީޑަރ އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމަށެވެ. ރައީސް މައުމޫނުގެ ކެންޑިޑޭޓްގެ ގޮތުގައި ޕްރައިމަރީގައި އުމަރު ނަސީރާ ވާދަ ކުރައްވާ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައިގެނެވެ.

    2013ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާ ރައިސުލްޖުމްހޫރިއްޔާކަން ހޯއްދެވީ ޕީޕިއެމްގެ ކެންޑިޑޭޓްއެވެ. ޔާމީނަށް ރައީސްކަން ލިބި ވަޑައިގަތުމާއެކު ޕީޕީއެމްގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ހިޔާލު ތަފާތުވެ ރައީސް މައުމޫނުގެ ބާރުވެރިކަން ޕާޓީގެ މަތިފަޑިން ކަނޑުވާލިއެވެ. އެންމެ ފަހުން ރައީސް މައުމޫނު ޕާޓީން ވެސް ވަކި ކުރެއްވީއެވެ. ނަތީޖާއެއްގެ ގޮތުން ޕީޕީއެމް ހޯއްދެވުމަށް ރައީސް މައުމޫނު ކޯޓަށް ވަޑައިގަތެވެ. 

    ކޯޓުން މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް ރައީސް ޔާމީނު ކޮންޓްރޯލް ކުރައްވާ ސިޔާސީ ޕާޓީއެއް ބޭއްވެވުމުގެ ބޭނުންފުޅުގައި ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ކޮޅެއް ހިމެނޭ ގޮތަށް ބެކަޕް ޕާޓީއެއް އުފެއްދެވިއެވެ. ރައީސް ޔާމީންގެ ބެކަޕް ޕާޓީއެއްގެ ގޮތުގައި ހެއްދެވި ޕާޓީއަކީ ޕީޕަލްސް ނެޝަނަލް ކޮންގްރަސް (ޕީއެންސީ)އެވެ. ޕާޓީގެ ރައީސް ކަމަށް ހަމަޖެއްސެވީ ރައީސް ޔާމީނާ ސިޔާސީ ގޮތުން ވާދަ ނުކުރައްވާނެ އަދި ވެރިކަން ކުރަން ކުރިމަތިލިޔަސް ޕަބްލިކްގައި ނުވިއްކޭނެ ކަމަށް ގަބޫލު ކުރެއްވި އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ)އެވެ.

    ކޯޓުން ވެސް ރައީސް މައުމޫނަކަށް ޕީޕީއެމެއް ލިބިވަޑައެއް ނުގަތެވެ. އެއާއި އެކު ހުރިހާ ގޮތަކުން ޕީޕީއެމަކީ ރައީސް ޔާމީނު ކަމަށްވެ ނިމިއްޖެއެވެ. ރައީސް މައުމޫނާއެކު ޕީޕީއެމްގެ ލީޑަރޝިޕެއް ގްރާސް ރޫޓެއް ނުދިޔައެވެ. ނަތީޖާއެއްގެ ގޮތުން ހެއްދެވި ބެކަޕް ޕާޓީގެ މާބޮޑު ބޭނުމެއް ވެރިކަމުގައި ހުންނެވި އިރު ރައީސް ޔާމީނަކަށް ޖެހިވަޑައެއް ނުގަތެވެ. އެހެން ކަމުން ދެ ޕާޓީގެ ކައުންސިލަކީ ވެސް އެއް ކައުންސިލެއްގެ ގޮތުގައި އެއް ފުރާޅެއްގެ ދަށުގައި އެއް ވިސްނުމެއްގައި ޕީއެންސީއަކީ ނެތް އެއްޗެއް ގޮތުގައި ހިނގަހިނގާ އޮތީއެވެ. 

    ރައީސް ޔާމީނު ވެރިކަން ނިމުނު އިރު ޕީޕީއެމްއަކީ ސިޔާސީ ގޮތުން ބިޔަ ބޮޑު ޕާޓީއެކެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމި ރައީސް ޔާމީނާ ދެކޮޅަށް ދައުވާތައް އުފުލި ސިޔާސީ މަސައްކަތްޕުޅު ނުކުރެއްވޭ ވަރަށް އެ މަނިކުފާނު ދިޔައީ ބަނދެވެމުންނެވެ. އެ މަނިކުފާނު ނެތަސް ވަރުގަދަ އިދިކޮޅު ޕާޓީއެއް ހިންގޭވަރުގެ  ސިޔާސީ ގޮތުން ސަމަންތަރު ހެޔޮ ގިނަ ބޭފުޅުން ތަކެއް ޕާޓީގައި ތިއްބެވިއެވެ.

    އެހެނެއް ކަމަކު ބާރުވެރިކަން ޕާޓީގެ ތެރެއިން އެހެން ބޭފުޅަކަށް ދޫކޮށް ލައްވައިފިނަމަ ރައީސް މައުމޫނަށް ލިބިވަޑައިގެން ލަނޑު ރައީސް ޔާމީނަށް ލިބިވަޑައިގަތުމަކަށް ބޭނުންފުޅެއް ނުވިއެވެ. އެކަން އެނގެނީ ފުރަތަ މައްސަލައިގައި ޖަލަށް ވަޑައިގަތުމުގެ ކުރިން ރައީސް ޔާމީނު ނެތް ހާލަތެއްގައި ޕީޕީއެމްގެ ލީޑަރޝިޕް މިނިކާ ބާޒުތަކެއްގެ އަތްމައްޗަށް ދިޔަ ނުދެއްވުމަށް އާއްމު މެންބަރުންނަށް ރައީސް ޔާމީނު ވަސިއްޔަތް ކުރެއްވި ކުރެއްވުމުންނެވެ. އޭރު ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ޑރ. މުއިއްޒާއި ޑރ. ވަހީދާއި، ޑރ. ޖަމީލު ފަދަ ބޭފުޅުންނަކީ ރައީސް ޔާމީނު ސިފަ ކުރެއްވީ ގޮތުގައި މިނިކާ ބާޒުތަކެކެވެ.

    މިނިކާ ބާޒުތަކަށް ޕީޕީއެމް ދޫކޮށް ނުލެއްވުމަށް ބެކަޕް ޕާޓީ (ޕީއެންސީ)ގެ ބޭނުން ހިއްޕެވިއެވެ. އިލްމާއި ހުނަރާއި ގާބިލުކަމާއި ތަޖުރިބާގެ ގޮތުން ގާބީލު އެތައް ބޭފުޅުން ތިއްބާ ޕްރޮގްރެސިވް ކޯލިޝަނުގެ ހިންގުން ހަވާލު ކުރެއްވީ ޕީއެންސީގެ ރައީސާއެވެ. އެޅިހާ ބަތަކަށް ރިހަވެގެން ހުންނަވާނެ ތީއެވެ. ޕީޕީއެމްގެ ނަމުގައި ކުޑަވެސް އެއްޗެއް ބުނެލުމުގެ ހައްގުވެސް އޭރު އަދުރޭ ނޫން މީހަކަށް ނެތެވެ. އެހެނަސް އާހިރުގައި ވެރިކަމުގައި ގޮނޑި ކޮއްކޮއެކޭ ހީކުރެއްވި އަދުރޭ ނެތަސް ވެރިކަމަށް އެ އައީ ޕީއެންސީއެވެ. ޕީޕީއެމެއް ނޫނެވެ. ދެން ވެރިކަން ކުރައްވާނީ ޔާމީނު ސިފަކުރެއްވި މިނިކާ ބާޒުތަކުން ބާޒެކެވެ.

    ]]>
    Fri, 06 Oct 2023 17:42:16 +0500 ހީރަސްނިއުސް
    އިންތިހާބީ ރައީސް : ނަމަނަމަ ނަޝީދަށް އިތުބާރު ނުކުރައްވާތި https://heerasnews.com/1887 https://heerasnews.com/1887 އިއްޒަތްތެރި އިންތިޚާބީ ރައީސެވެ. މަނިކުފާނު ވެރިކަމަށް ތިޔަ އިސްވެ ވަޑައިގަންނަވަނީ ރައްޔިތުންނަށް ހެޔޮވެރި ކަމެއް ކޮށްދެއްވުމުގެ މަތިވެރި މަގުސަދުގައެވެ. ވެވަޑައިގެންނެވި ވައުދުފުޅުތައް ގިނަވެފައި ބޮޑެވެ. އެކަމަށްޓަކާ ރައްޔިތުންގެ އެއްބާރުލުމާ އެހީތެރިކަން އިންތިހާއަށް ބޭނުންވެ ވަޑައިގަންނަވާނެއެވެ. ގިނަ ބައެއްގެ އިހުލާސްތެރި މަޝްވަރާއާއި އެހީތެރިކަން ބޭނުންވެ ވަޑައިގަންނަވާނެ ކަންވެސް އެނގެއެވެ. ބިނާކުރަނިވި މަޝްވަރާއާއި ލަފަޔާއި އެހީތެރިކަން ވެސް ނުހަނު މަތީ ދަރަޖައަކަށް ބޭނުންވެ ވަޑައިގަންނަވާނެ ކަމަށް ވެސް ގަބޫލު ކުރަމެވެ. 

    އެހެނަސް ދަންނަވަންތޯއެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ގެރިހަން ލައިގެން އުޅޭ މިނިކާވަގު ވެސް އުޅޭނެއެވެ. ކައިރީގައާއި ދުރުގައެވެ. ނިތްކުރިއަށް ރުލެއް ވެސް އަރުވާނުލާ ހެޔޮއެދިގެން އުޅޭ މުނާފިގުން ވެސް ލައްކަ ގިނަ ވާނެއެވެ. ދަނޑިވަޅު ބަލާ އެނގަކުރި ހިފަން ތައްޔާރަށް ތިބި ހަސަދަވެރިން ވެސް މަދެއް ނުވާނެއެވެ.

    ސިޔާސީ ލީޑަރުންގެ ގޮތުގައި ވެރިކަން ނޫން ކަމެއް ބޭނުންނުވާ މީހުންވެސް ނުލާހިކު ގިނައެވެ. އަލަށް އުފެދޭ ވެރިކަމެއްގެ ތެރެއަށް ފަލީތާ ލައިގެން ވެރިކަން ހަރާބު ކުރުވަން އުޅޭ މީހުންވެސް މަދެއް ނުވާނެއެވެ. ބާރުހުރި ކަންކަމުގެ ތެރޭގައި އެފަދަ ލީޑަރުންގެ އެޖެންޓުންގެ ގިނަ ބަޔަކު އަތުރުވައިގެން ހަރާބުގެ މަގަށް ދުއްވާލުމަށް މަސައްކަތްކުރާ ހީލަތްތެރިން ތިބޭކަން ނިމިދިޔަ ވެރިކަންތަކުން ސާފުކޮށް ފެނިވަޑައިގަންނަވާނެއެވެ. 

    ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު އެމަނިކުފާނަށް ޖެހިވަޑައިގަތީ އެތެރޭގައި ތިބި އަދާވާތްތެރިންގެ އުނދަގުލެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގައިވެސް އެމަނިކުފާނުގެ ނައިބުގެ ދައުރު ބޮޑެވެ. ރައިސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ވެސް ތިން ނައިބު ރައީސުން އިސްކުރައްވަން ޖެހިވަޑައިގަތީ ކަންތައްތަކެއް ނުހިނގައެއް ނޫނެވެ. ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ ތެރޭގައި ގިނަ އަދަދަކަށް ކަތުރުފަނި ހުއްޓެވެ. ފަސް އަހަރުގެ ދައުރު ނިންމާ ލެއްވީ އޮބި އަޅުއްވައިގެން މަރަށް ފުރާނައަށެވެ. 

    ރައީސް ސޯލިހަށްވެސް ޖެހިވަޑައިގަތީ އެތޭރޭގެ ފިތުނައެވެ. ތަފާތު ސިޔާސީ ފިކުރުގެ ކޯލިޝަނެއް ދަމަހައްޓަމުން ގެންދެވީ ދަތިއުދަނގޫ ތަކާއެކުގައެވެ. ރައީސް ސޯލިހަށް ޖެހިވަޑައިގެން އެންމެ ބޮޑު މުސީބާތަކީ އަމިއްލަފުޅު ޕާޓީގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާގެ މުސީބާތެވެ. ވެރިކަން ނޫން އެއްވެސް ކަމެއް ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ރައީސް ނަޝީދުގެ ދުއްތުރާލެވެ. އަމިއްލަފުޅު ޕާޓީން ސިޔާސީ މަގާމުތަކަށް ފޮނުވާފައި ތިބި އެޖެންޓުންގެ ފިއްތުމާ ލަސްކުރުމާ ފަސްކުރުމެވެ. އިދިކޮޅަށްވުރެ އިދިކޮޅުވެގެން ސަރުކާރު ފޭލިކޮށްލަން ކުރި ނޭއްގާނި މަސައްކަތާއި ފެތުރިހާ ފިތުނަ ފަސާދައެވެ.

    ރައީސް ސޯލިހުގެ ކުޑަ ދުވަހުއްސުރެ އެންމެ އަރިސް އެންމެ އިތުބާރު ކުރެވޭ އަޚާގެ ގޮތުގައި ހުންނަވައިގެން ރައީސް ނަޝީދު ކުރައްވަމުން ގެންދެވީ އުދަނގުލާ ދުއްތުރާލެވެ. ޕާޓީގެ ވެރިކަމާއި މަޖިލިސްގެ ރައީސް ކަމާއި ވިދާޅުވިހާ ބަޔަކަށް އަތްގުޅި ނުކާވަރުގެ ވަޒީފާތަކެއް ދެއްވުމުންވެސް ރައީސް ނަޝީދުގެ ހިތްޕުޅެއް ނުފުރުނެވެ. ކޮންމެ އަގެއް ދައްކައިގެން ވެސް ބޭނުންފުޅުވީ ވެރިކަމެވެ. ތިމާއަށް ނެތް ކަމެއް ކިތަންމެ ގާތް ނަމަވެސް އެހެން މީހަކަށް އޮތުން ނޭދޭ މީހަކު ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެ ނޫންތޯއެވެ.

    ބަރުލަމާނީ ގެނައުމުގެ ވާހަކަ ހުއްޓަވާލައްވާ އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ވެރިކަން ކުރެއްވުމަށް ޖާގަ ދެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވީމާ ވަރަށް ކަންބޮޑުވެއެވެ. އަމްދުން ރައީސް ނަޝީދަކީ އިންތިހާބީ ރައީސް ޑރ. މުއިއްޒު އުފައްދަވާ ސަރުކާރުގެ ބައިވެރިއެއް ކަމަށް ވިދާޅުވީމާ ގައިން ހީބިހި ނަގައިގެން ދެއެވެ. ބަރުލަމާނީ ގެނެސްގެން ރައީސުލްޖުމްހޫރިއްޔާގެ ބާރުކަނޑުވާލާ ޑރ. މުއިއްޒުގެ އަތްޕުޅު ބަންނަވަން އިއްޔެއާއި ހަމައަށް މަސައްކަތް ކުރެއްވީ ރައީސް ނަޝީދު ނޫން އެހެން މީހެއް ނޫނެވެ.

    ރައީސް ނަޝީދު ބަރުލަމާނީ ނިޒާމު ގެންނަން ކުރެއްވި މަސައްކަތްޕުޅު އެމްޑީޕީން ފޭލިކޮށްލުމުން އަންނަން އޮތް ސަރުކާރުގެ ތެރެއަށް ރައީސް ނަޝީދު ވަންނަވަން އުޅުއްވުމުގައި ފޮރުވިފައިވަނީ ކޮންފަދަ ނުރައްކަލެއް ކަމާމެދު ކަން ބޮޑުވެއެވެ. ރައީސް ނަޝީދުގެ އެ ނިންމެވުމުގެ ފަހަތުގައި ހެވެއް އޮތުމަށް ވުރެ އޮތުން ގާތީ ބޮޑުވެގެންވާ ނުރައްކަލެކެވެ. ނަމަނަމަ ރައީސް ނަޝީދަށް އިތުބާރު ކުރައްވާ ސަރުކާރުގެ އެއްވެސް ކަމަކާ ރައީސް ނަޝީދު ކައިރި ނުކުރައްވައްޗެވެ. ރައީސް ނަޝީދު ދައްކަވާ މީހަކުވެސް އެއްވެސް ކަމެއްގެ ތެރެއަށް ކޮންމެވެސް ނުގެންނަވައްޗެވެ. ރެކޯޑަށްޓަކާ މިވާހަކަ އަޅުގަނޑު މި ދެންނެވީއެވެ. ރައްޔިތުންނޭ ހެކިވާށެވެ.

    ]]>
    Wed, 04 Oct 2023 19:56:21 +0500 ހީރަސްނިއުސް
    ހުރިހާ މަގާމް މުއިއްޒުގެ ވަފާތެރިންނަށް. https://heerasnews.com/1885 https://heerasnews.com/1885 އެނޫން ގޮތަކަށް ކަންކުރީމާ އޭގެ ހިތިރަހަ ވެރިމީހާގެ އަރުގައި ހިނގައިގަންނަ ގޮތުގެ އެންމެ ތާޒާ މިސާލަކީ ރައީސް ޞޯލިޙެވެ. 2018 ގައި ހުވާ ކުރެެއްވުމަށްފަހު ރައީސް ނަޝީދު ބޭނުންފުުޅުވި ދިގު ލިސްޓަކަށް އެކި ބާވަތުގެ ސިޔާސީ މަގާމްތަށް ރައީސް ޞޯލިހް ދެއްވިއެވެ. ސަރުކާރުގެ އެކި އިދާރާތަކާ ކުންފުނި ތަކުގެ ބޮޑެތި މަގާމު ތަކުގައި މުސާރައާ އިނާޔަތް ނަގައިގެން ފަހުވަގުތާ ޖެހެންދެން ތިބުމަށްފަހު އިންތިޚާބާ ކައިރި ވުމުން ފުންމަފުންމައިގެން ނިކުތީ ރައީސް ޞޯލިޙާ ދެކޮޅަށެވެ. 

    ފާއިތުވި ތަނުގައި ކަންވީ ގޮތަކީ ކުރިއަށް އޮތްތަނަށް ލިބޭ ޢިބްރަތާ ތަޖްރިބާ އެވެ. ދުނިޔެއަކީ ވައްއެއްޗެއް ވީމާ ފުރޮޅިފުރޮޅިފައިވެސް ވާނީ އެއްގޮތެކެވެ. ތާރީޚު އެނބުރި އަންނަތަން އަބަދާ އަބަދު މިހުރީ ފެންނާށެވެ. ޑރ މުއިއްޒު ރާއްޖޭގެ ވެރިކަން ކުރައްވާއިރު މާޒީގެ މިދެންނެވި ހަގީގަތްތަކަށް ލޯމަރާލައިފި ނަމަ އެއީ އެޅޭނެ ޅައެެއްޗެެކެވެ. 

    އެންމެ މިސާލެކެވެ. އެގްރޯނެޓްގެ އެމްޑީ އަކަށް ފަހުވަގުތާ ޖެހެންދެންހުރި ހާރޫނަކީ މިދެންނެވި ޒާތުގެ ލިސްޓަކުން އެމްޑީކަން ލިބުނު މީހެކެވެ. ހުރިހާ ދުވަހު މަގާމުގައި ހުރުމަށް ފަހު އިޚްލާޞްތެރިކަން ދައްކަންވީ ވަގުތު ރައީސް ޞޯލިޙާ ދެކޮޅުވިއެވެ. ފޭކް ފޯމްތަކެއްގެ މަންޒަރުދައްކާފައި މިހާރު ހާރޫން އެހުރީ ޑރ މުއިއްޒުގެ އަރިހުގައެވެ. ބޭނުމަކީ އަނެއްކާވެސް އަމިއްލަ މަންފާތަކެއް ހޯދައިގަތުމެވެ. އޭގެ އަނެއް މިސާލަކީ ދުންޔާ މައުމޫނެވެ.

    ރާއްޖޭގައި ކަންހިނގާ ގޮތް ވަރަށް ސާފެވެ. ވެރިކަން ކުރެވޭނީ ރޮނގުދަމައިގެން އިތުބާރު ހިފޭމީހުންނާ އެކުގައެވެ، ފަހުވަގުތު ވިހަލާ ހަރުފަ ، ނަގުލަންދާއްޓާ ބިޗޫ ގާތް ނުކޮށެވެ.

    ]]>
    Wed, 04 Oct 2023 13:28:28 +0500 ހީރަސްނިއުސް
    ދިޔަރެސް ހިންގީ ދޮގު މައުލޫމާތުގެ ކެމްޕެއިނެއް: އީޔޫ https://heerasnews.com/1880 https://heerasnews.com/1880 "ދިޔަރެސް" ނޫހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް "ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް" ހިންގި ކަމަށް އީޔޫއިން ބުނެފިއެވެ. އީޔޫއިން މިހެން ބުނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު މޮނިޓަރ ކުރި ޔޫރަޕިއަން ޔުނިއަންގެ ޓީމުންނެރުނު އިބްތިދާއީ ބަޔާނުގައެވެ. 

    ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ވެސް ހަގީގަތާ ހިލާފު އެތައް ވާހަކައެއް ފަތުރަމުންދިޔަ ކަމަށް އީޔޫއިން ފާހަގަ ކުރިއެވެ. ހަމަ އެހެންމެ ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރައި، ޒާތީ ގޮތުން ބަހުގެ ހަމަލާ ދީފައިވާކަން އީޔޫ އިން ފާހަގަކުރިއެވެ. 

    ސިޔާސީ ޕާޓީތަކާ ގުޅިފައިވާ ނުފޫޒުގަދަ އެތައް ބަޔަކު ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފަތުރައި، ދެ ވަނަ ބުރުގެ ވޯޓަކީ ރާއްޖޭގެ އިސްތިގުލާލާއި މެދު ނެގޭ ވޯޓެއް ކަމަށް ސިފަކޮށް ރައީސް ސޯލިހާ ދެކޮޅަށް ބިޔަ ކެންޕޭނެއް ކޮށްފައިވާ ކަމަށް އީޔޫ ބުނެއެވެ. 

    ސޯޝަލް މީޑިއާގެ ގިނަ އެކައުންޓްތަކަުން ދޮގު މައުލޫމާތު ފަތުރައި، ޒާތީ ގޮތުން ދިމާކޮށް ހަގީގަތް ނުހޯދާ ދެ ކެންޑިޑޭޓުންނާއި ދެކޮޅަށް ވެސް ބޮޑެތި ތުހުމަތުތައް ފަތުރާފައިވާކަމަށް އީޔޫގެ އިބްތިދާއީ ރިޕޯޓްގައި ބުނެފައި ވެއެވެ. 

    ވޯޓުލާ މީހުންގެ ތާއީދު ހޯދުމަށް ކެމްޕެއިނުގެ ތެރޭގައި އޮންލައިންކޮށް ދެއްކި ވާހަކަތައް ވަރަށް ބޮޑަށް ދެބަޔަކަށް ބެހިފައިވާކަމަށާއި ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދުގައި ހަގީގަތާ ހިލާފު މައުލޫމާތާއި ހިޔާލުތައް ފެތުރެމުންދިޔަ ކަންވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

    ]]>
    Mon, 02 Oct 2023 23:24:44 +0500 ހީރަސްނިއުސް
    އިންޑިއާ އައުޓް ބިންފަޅާ އަޑިއަށް https://heerasnews.com/1876 https://heerasnews.com/1876 ޅ. ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކޮށްފައި ވަނީ ފަސް އަހަރުގެ ދައުރަކަށެވެ. އެ މަނިކުފާނުގެ ދައުރު ހަމަވާނީ 17 ނޮވެންބަރ 2023 ގައެވެ. އެ ތާރީހުގެ ކުރިން ރާއްޖޭގައި ހިނގާނީ ރައީސް ސޯލިހުގެ ވެރިކަމެވެ. ދެވަނަ ދައުރަށް ނުހޮވުމަކީ ހިނގަމުންދާ ރިޔާސީ ދައުރުގެ ލެޖިޓިމަސީ ގެއްލޭ ކަމެއް ނޫނެވެ. އިންތިހާބުގެ ނަތީޖާ ލިބޭ ވަގުތުން ފެށިގެން ވެރިކަން ފުރޮޅިގެނެއް ނުދެއެވެ. ބަދަލު ވާނީ ދައުރު ހަމަ ވުމުންނެވެ. އެހާތަނާ ޖެހެންދެން ހިނގާނީ ހިނގަމުން އައި ވެރިކަމުގެ ސިޔާސަތު ތަކެވެ. 

    ވެރިކަން ބަދަލު ކުރުމަށްޓަކާ ރައީސް ސޯލިހާ ދެކޮޅަށް ވާދަވެރި ފަރާތް ތަކުން ލައްކަ ވާހަކަ ދެއްކިއެވެ. މަތިމައްޗަށް ދޮގު ހެދިއެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުކޮށްލިއެވެ. އިދިކޮޅުން ދެއްކިހާ ވާހަކަތަކަކީ ހައްގު ވާހަކަތަކެއް ނަމަ އިންތިހާބުގެ ނަތީޖާއާއި އެކު އިދިކޮޅުގެ ވާހަކަ ބަދަލު ވެގެން ދާންވީ ސަބަބެއް ނެތެވެ. އިންތިހާބުގެ ކުރިން ގެއްލިފައި އޮތް މިނިވަންކަމެއް އިންތިހާބުގެ ނަތީޖާއަށް ފަހުވެސް އޮންނާނީ ގެއްލިފައެވެ. ރާއްޖޭން އިސްލާމީ ވަންތަކަން ފުހެވިގެން ގޮސްފައިވާނަމަ އިންތިހާބުގެ ނަތީޖާއާއި އެކު ރާއްޖޭގެ އިސްލާމް ވަންތަކަން ފުރިހަމަ ވެގެނެއް ވެސް ނުދާނެއެވެ. ކުރިންނެތް އަދުލު އިންސާފެއް އިންތިހާބެއްގެ ނަތީޖާއާއި އެކު އަރާ ހަމައެއް ނުކުރާނެއެވެ. 

    ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖެ އިންޑިއާއަށް އަޅުވެތިވެފައި ވާކަމަށް ބުނެ ހީވަނީ ރޫޅި ވެރިދާނެ ހެންނެވެ. ފަލަސްތީނުގައި އިޒްރޭލު ސިފައިން އުޅޭހެން ޔޫކްރެއިންގައި ރަޝިއާ ސިފައިން އުޅޭހެން ރާއްޖޭގައި އިންޑިއާ ސިފައިން އުޅޭކަމަށް ރައްޔިތުންނަށް އިދިކޮޅުން ދޮގު ވިއްކިއެވެ. ސިޔާސީ ވާހަކައެއްގެ ގޮތުގައި ދައްކާލަނީ އެކަންޏެއް ނޫންނެވެ. ރަސްމީ ލިޔެކިޔުން ތަކުން ވެސް ވާދަވެރިން އެކަން ދިޔައީ ދައްކަމުންނެވެ.

    ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާގެ ކުރިން ޕްރޮގްރަސިވް ކޯލިޝަނުން ނެރޭ ޕްރެސް ރިލީސްތަކާއި ބަޔާންތަކާއި ސްޓޭޓްމަންޓް ތަކުގައި " އިންޑިއާ އައުޓު" ޖަހަމުން ގެންގޮސްފައިވެއެވެ. ކޮންމެ ޕްރެސްއަކާއި އެއްވުމެއްގައި އިންޑިއާ އައުޓް ކުރެއެވެ. 

    ކުއްލިޔަކަށް ރިޔާސީ އިންތިހާބުގެ ނަތީޖާއާއި އެކު އިންޑިއާ އައުޓު ހުއްޓިއްޖެއެވެ. އިންޑިއާ އައުޓުވެ ނިމިއްޖެއެވެ. ގައުމު މިނިވަން ވެއްޖެއެވެ. އަޅިވެތިކަން ހަތިމް ވެއްޖެއެވެ. އިންޑިއާ އައުޓް އިންޑިއާ ފަސްޓްއަށް ވެއްޖެއެވެ. ފިތުނައިގެ ދޮލަނގުގައި ވިއްކި އެންމެ ބޮޑު ދޮގު ރައްޔިތުންނަށް ސާފުވެއްޖެއެވެ. 

    އިދިކޮޅުން ރާއްޖޭގައި ތިބި ކަމަށް ބުނަމުން އައި އިންޑިއާ ސިފައިން ރިޔާސީ އިންތިހާބުގެ ނަތީޖާއާއިއެކު ފައިތަޅާގެ ދަށަށް ވަދެ ގެއްލުނީ ހެއްޔެވެ. އިދިކޮޅަށް ނަތީޖާ ކާމިޔާބު ވުމާއެކު ގަތް ބިރުން އެ މީހުން ފިލާ ރައްކާވީ ހެއްޔެވެ. އަވަހިއްޔާ އަވަސް އަރުވާލައިގެން ފަޅު އޮޑިފަހާރާ ބޮއްކުރާ ތަކާއި ބޮނބި އޮޑި ފަހަރުގައި ރާއްޖެ ދޫކޮށް ޖެހުނު ތާކުން ފިލާ ރައްކާވީހެއްޔެވެ. 

    އުތުރު ތިލަފަޅާއި ހަނިމާދޫއާއި ކައްދޫއާއި އައްޑޫ ތިބި ކަމަށް ބުނި އިންޑިޔާގެ އަޝްކަރީ ފައުޖުތައް މިހާރު ވީތަނެއް އެނގޭ މީހަކު އެބަހުރި ހެއްޔެވެ. އިންތިހާބުގައި ރައީސް ސޯލިހަށް ކާމިޔާބު ނުވެއްޖެނަމަ ރާއްޖެ ހިފަން ހުޅުލެއަށް އަރުވާފައި އެތައް ސަތޭކަ އިންޑިއާ ސިފައިން ތިބިކަމަށް އިދިކޮޅުން ބުންޏެވެ. ރިޔާސީ އިންތިހާބުން އިބޫ ބަލިވިއިރު އަޅާވެސް ނުލާ އެ ހުރިހާ އިންޑިއާ ސިފައިން ތިބީ ނިދިފައި ހެއްޔެވެ. ނޫނީ ހޭނެތިފައި ހެއްޔެވެ. ދޮގު ހެއްޖަސް ބޮޑުވަރެވެ.

    ކަމެއް ހާސިލް ކުރުމަށްޓަކާ މީހުން ކަންކަން ކޮށްލާ ގޮތް ހުރެއެވެ. ދައްކާ ވާހަކަވެސް ހުރެއެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ވާހަކަ ދައްކާ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިގެން ވޯޓް ހޯދައިގެން ވެރިކަމަށް އާދެވި ދާނެއެވެ. މި ފަހަރު ކިތަންމެ ރަނގަޅަކަށް ވެސް ދޮގާއި ނަފްރަތު ވިއްކައިގެން ވެރިކަން ކާމިޔާބު ކުރެ ވިއްޖެއެވެ. 

    ދޮގާ މަކަރާ ފިތުނަ ވިއްކައިގެން އިންތިހާބު ކާމިޔާބު ކޮށްފައި މީ ގުޅިގެން ގައުމު ކުރިއަށް ގެންދަންވީ ވަގުތޭ ބުންޏަސް އެކަން ބަލައި ގަންނާނީ ކިހިނެއް ހެއްޔެވެ. ހުރިހާ ފިތުނަ ފަސާދަ އުފެއްދިއިރު މިއީ ތިމަންމެންވެސް ވެރިކަން ލިބިއްޖެ ނަމަ ވެރިކަން ކުރަން އޮތްތަން ކަން ހަނދާނެއް ނެތެވެ. 

    ]]>
    Mon, 02 Oct 2023 11:28:22 +0500 ހީރަސްނިއުސް
    ބޮޑުކުރި ޖީއެސްޓީއާ، ކޮތަޅު &/2ރ. އުވާލަނީ. https://heerasnews.com/1875 https://heerasnews.com/1875 ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙްގެ ސަރުކާރު 2 ވަނަ ދައުރަކަށް ހޮވަން ބޭނުންނުވި ސަބަބުތަކެއް ހުއްޓެވެ. އެގޮތުން ޖީއެސްޓީ ބޮޑުކުރުމާ ބާޒާރު ކޮތަޅުން -/2 ރުފިޔާ ނަގަން ނިންމުމަކީ ސަރުކާރާ މެދު ނުރުހުނު ރައްޔިތުން އެންމެ ބާރަށް ދެއްކި އެއްވާހަކައެވެ.

    ސެޕްޓެމްބަރ 30 ވަނަ ދުވަހު ނެގި ވޯޓްގައި ރައްޔިތުންގެ 54 ޕަސެންޓް ރައީސް ޞޯލިޙަށް ނޫނެކޭ ބުނި ސަބަބު ތަކުގެ ތެރޭގައި ޖީއެސްޓީ ބޮޑު ކުރުމާ ކޮންމެ ބާޒާރު ކޮތަަޅަކުން -/2 ރުފިޔާ ނެގުން ހިމެނެއެވެ.

    ރައްޔިތުންގެ އިންތިޚާބުގެ ވޯޓް ނިމުނަސް ރައީސް ޞޯލިޙްގެ ރިޔާސީ ދައުރު އަދި ނުނިމެއެވެ. އަންނަ ނޮވެމްބަރ 11 އާ ހަމައަށް ވެސް ވެރިކަމުގައި ހުންނަވާނީ ރައީސް ޞޯލިޙެވެ. 

    ރައްޔިތުން އެދޭ ގޮތް ސާފުވުމުން އެގޮތަށް އަމަލު ކުރެއްވުމަކީ ވެރިކަމުގެ މަސްއޫލިއްޔަތު ދެމިއޮތްހާ ހިނދަކު ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމެކެވެ.

    ސަރުކާރުގެ މަސްއޫލްވެރި ފަރާތެއް ވިދާޅުވި ގޮތުގައި އިންތިޚާބްގެ ނަތީޖާއަށް ރިޢާޔަތް ކުރައްވާ ކޮތަޅުން ނަގާ 2 ރުފިޔާ ނެގުން ހުއްޓާލުމާ އެކު، ބޮޑުކުރި ޖީއެސްޓީ ނޮވެމްބަރ 11 ގެ ކުރިން އުވާލުމަށް މިހާރު ވަނީ ނިންމާފައެވެ.

    ]]>
    Mon, 02 Oct 2023 09:07:18 +0500 ހީރަސްނިއުސް
    ރައްޔިތުންގެ ކޯޓުގެ ހުކުމް ތަންފީޒު ކުރަންޖެހޭ https://heerasnews.com/1873 https://heerasnews.com/1873 ޝަރުއީ ހުކުމްތައް ކުރަނީ ރައްޔިތުންގެ މަޖިލީހުން ހަދާ ތަސްދީގު ކުރާ ގާނޫނުތަކާ އެއްގޮތަށެވެ. ގާނޫނުތައް ހަދައި ފާސްކުރަނީ ރައްޔިތުންގެ ވޯޓަކުން ހޮވާފައިތިބޭ މެންބަރުންނެވެ.

    ގައުމެއްގެ އެންމެ މަތީ ބާރަކީ ރައްޔިތުންނެވެ. ގައުމެއްގެ އެންމެ މަތީ ހުކުމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާ ނިންމުމެވެ. ވޯޓަކުން ރައްޔިތުން ނިންމާ ނިންމުމަކީ އިސްތިސްނާއެއް ނެތި ތަންފީޒު ކުރަން ޖެހޭ ހުކުމެކެވެ. 

    އެމްއެމްޕީއާރުސީގެ ހިޔާނާތަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ރައްޔިތުން ނިންމައިފިއެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށް ވެސް ރައްޔިތުން ނިންމައިފިއެވެ. 

    ސެޕްޓެމްބަރ ތިރީހުގައި ދިވެހި ރައްޔިތުން ބުނެފައި ވަނީ އެހެންނެވެ. ޑރ. މުއިއްޒު ރައީސް ކަމަށް ގެންނަން ވޯޓުދީގެން ރައްޔިތުން އެބުނީ ރައީސް ޔާމީނު ދޫކޮށްލާށޭޢެވެ.

    ރައްޔިތުން ވޯޓުދިނީ ރައީސް ޔާމީނު މިނިވަން ކުރާށެވެ. މުއިއްޒަށް ރައްޔިތުން ވޯޓު ދިނުމުގެ ފުރަތަމަ ބޭނުމަކީ ރައިސް ޔާމިން މިނިވަން ކުރުމެވެ. އެކަން ނުކޮށް ކުރަން އޮތް އެހެން ކަމެއް ނުއޮންނާނެއެވެ. 

    ރައީސް ޔާމީނުގެ ފޮޓޯފުޅު ކުރިއަށް ނެރެގެން ރައްޔިތުންގެ ބަސް އިއްވައިފިއެވެ. މިހާރު އޮތް ކަމަކީ ރައްޔިތުންގެ ކޯޓުން އިއްވި ހުކުމް ތަންފީޒު ކުރުމެވެ. ރައީސް ޔާމީނު މިނިވަން ކުރުމެވެ. ލަހެއް ފަހެއް ނެތިއެވެ.  

    ]]>
    Sun, 01 Oct 2023 17:52:27 +0500 Chief Editor
    ކަނޑުފޭރޭ އުޅަނދުތައް ރާއްޖޭގެ ރަށްރަށަށް https://heerasnews.com/1868 https://heerasnews.com/1868 ކަނޑުފޭރޭ މީހުންގެ އުޅަނދުތައް އައިސް ރަށްރަށަށް އަރާ ތަންތަން ލޫޓުވާލަންދެން އަޅާވެސް ނުލާ ތިބެންވީހެއްޔެވެ. ކަނޑަށް ވެއްޓިގެއްލޭ މީހުންނާއި ބެހިގެންދާ އޮޑި ދޯނި ފަހަރުގައި ގެއްލޭ މައިންނާ ޅަދަރިން ނުހޯދާ ބެހި ގެއްލިދާން ދޫކޮށްލަން ވީހެއްޔެވެ. މިއޮތް ބޮޑު މާސިންގާ އިންޑިއާކަނޑު ތެރޭގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ދާއަޅައިގެން ބޭރު ގައުމުތަކުގެ މީހުން މަސްވެރިކަން ކުރޭތޯ ނުބަލަން ވީހެއްޔެވެ. ކަނޑުމަތިން ބަދަލުކުރެވޭ ޑްރަގުގެ ބަންޑެލިތައް ބަދަލުކުރާ ކުރުން ނުހައްޓުވާ ދޫކޮށްލައިގެން ތިބެންވީ ހެއްޔެވެ. ޓެރެރިސްޓް ޖަމާއަތްތަކުން ވަގު ހަތިޔާރު ގަނެވިއްކާ ބަދަލުކުރުމަށް ބޭނުންކުރާ ސޭފްޒޯނަކަށް ރާއްޖޭގެ ސަރަހައްދު ހަދަން ދޫކޮށްލަން ވީހެއްޔެވެ. 

    ރާއްޖޭގެ އެކިހިސާބުގައި އެކިއެކި ހާދިސާތައް ދިމާވެގެން ފުރާނައަށް ނުރައްކާވާ މީހާގެ ފުރާނަ ސަލާމަތް ކުރަން ބޭނުމެއް ނޫން ހެއްޔެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ އަތޮޅު ހޮސްޕިޓަލްތަކުން ދެވެންނެތް ކުއްލި އަވަސް ފަރުވާއެއް ދެވެން ނެތިގެން ފަރުވާދެވޭ ހިސާބަށް ބަލިމީހާ ގެނެސް ނުދެވިގެން އެމީހާ މަރުވެގެން ދިޔުން ބޭނުން ހެއްޔެވެ. ރާއްޖޭގެ އެކި ހިސާބުގައި ހިނގާ އަލިފާނުގެ ހަދިސާތަކުގައި ފިހި މާލާ މީހާ މާލެއާ ހަމައަށް ނުގެނެވި މަރުވާން ދޫކޮށްލަން ވީހެއްޔެވެ. އެހެނެއް ނުތިބެވޭނެއެވެ.

    ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވަޔާ ކަނޑާ އެއްގަމުގައި ބޭނުންކުރާ އަގުބޮޑު ބެލެހެއްޓުމުގައި ނާޒުކް ވަސީލަތްތައް ހޯދައިގެން ދިމާވެދާނެ ކަމަކަށްޓަކާ އެވަރު ބޮޑު އޮޕަރޭޝަނެއް ހިންގޭވަރުގެ ފުދުންތެރި ކަމެއް ރާއްޖެއަކު ނެތެވެ. އެހެނަސް ރެސްކިއު އޮޕަރޭޝަން ތަކާއި ރާއްޖޭގެ ކަނޑުތައް ފޭރޭމީހުންގެ ކިބައިން ސަލާމަތް ކުރަންޖެހެއެވެ. ޑްރަގް ލޯޑުތަކުންނާއި ވަގަށް ހަތިޔާރު އުފުލުމުން ރާއްޖޭގެ ކަޑުތައް މިންޖުކުރަން ޖެހެއެވެ. ވަގަށް ކަނޑުތަކުން މަސްވެރިކަން ކުރުން ހުއްޓުވަން ޖެހެއެވެ. 

    ރާއްޖޭގެ ކޯސްޓް ގާޑުން ރެޔާދުވާލު އެ މަސައްކަތް ކުރެއެވެ. އެހެނެއްކަމަކު ކަމުގެ ބޮޑުކަމާއި އެކު ކުއްލި ހާލަތް ތަކުގައި އިތުރު އެހީތެރިކަން ވައިގެމަގުން ބޭނުންވެއެވެ. ރާއްޖޭގެ ސަރަހައްދުގައި ހިނގާ ނޭއްގާނި ހަރަކާތްތައް ބަލާ ހޯދާ ހުއްޓުވުމުގައި ޖައްވީ މައުލޫމާތާއި ވައިގެ މަގުން އިތުރުއެހީ ރާއްޖެއަށް ބޭނުންވެއެވެ. ދުވަހުން ދުވަހަށް ކަމެއް ދިމާވެދާނެކަމަށް މަނަވަރާ ސަބްމެރިންއާއި އަސްކަރީ މަތިންދާ ބޯޓާއި ހެލްކޮކޮޕްޓަރާ ހޯދާފައި ބަހައްޓައިގެން އެތަކެތި ހިންގާ ބެލެހެއްޓުމަކީ ކޮންމެ ކޮންމެ ގައުމަކަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. 

    ރާއްޖެއަކީ ރަށްތައް ވަކިވަކިން ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކަނޑުގެ ގައުމެކެވެ. ކޮންމެ ރަށެއްގައި އެރަށެއްގައި އެރަށަކަށް ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވެފައިވާ ކުޑަމިނުން ރެސްކިއު ފޯސްއެއް ބާއްވާލެވޭ ވަރުގެ ގާބިލުކަމެއް ރާއްޖޭގައި ނެތެވެ. އަތޮޅު ފެންވަރުގައި ކީއްކުރަން ހެއްޔެވެ. ސަރަހައްދީ ފެންވަރުގައިވެސް އެފާޑުގެ އޮޕަރޭޝަނެއް މެދުނުކެނޑި ހިންގޭ ވަރުގެ ފުދުންތެރި ކަމެއް ރާއްޖެއަށް ލިބިފައެއް ނެތެވެ.

    އެހެން ނަމަވެސް އެއިރަކަށް އެންމެ އެކަށީގެންވާ މިންވަރަކަށް ރާއްޖޭގެ ސަލާމަތީ ކަންކަން ހުރިހާ އިރަކުވެސް ރާއްޖޭން ކުރަމުން ދެއެވެ. އެހެން ބައެއްގެ އެހީތެރިކަން ހޯދަންޖެހޭ އެންމެ ކުޑަ މިންވަރަކަށް ބޭރުގެ އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ހޯދައެވެ. މިސަރަހައްދުގައި އިންޑިއާއިން ނުހޯދުނު އެހީތެރިކަމެއް ދެވޭނެ އެހެން ބަޔަކު ތިބީއެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ސަރުކާރަކުން ވެސް އެފާޑުގެ ކޮންމެ ކަމެއްގައި އެހީތެރިކަން ހޯދަނީ އިންޑިއާއިންނެވެ. އެހެނެކޭ ކިޔާ މިހާރު އެ އުޅޭހެން ސިޔާސީ ބޭނުމުގައި ބަޔަކު ފަޔަށް ހިނި އަރައިގެން ނޫޅެއެވެ.

    ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސްވަހީދާއި ރައީސް ޔާމީނައު ރައީސް ސޯލިހު ވެސް އަޝްކަރީ އެހީ އިންޑިއާއިން ހޯއްދެވީ ރާއްޖޭގައި ނެތް ވަސީލަތް ގާއިމުކޮށް ދެމެހެއްޓުމަށެވެ. ރާއްޖޭގެ ސަލާމަތީ ބާރުތަކާ ގުޅިގެން ހިންގާ އޮޕަރޭޝަން ތަކެއްގެ ގޮތުގައެވެ. ގައުމީ ސަލާމަތަށްޓަކައެވެ. އިންޑިއާ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާގެ ގުޅުމަކީ ދިވެހިރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމެވެ. މިނިވަންކަން ގެއްލި އަޅުވެތި ވުމެއްނޫނެވެ.  

    ]]>
    Fri, 29 Sep 2023 14:29:39 +0500 ހީރަސްނިއުސް
    ޝަހީމް އުޅެނީ ޖީބަށް ޓަކާ https://heerasnews.com/1867 https://heerasnews.com/1867 ނަމުން ފިސާރި މަޝްހޫރު ބޮޑެތި މީހުން އެބައުޅެއެވެ. އެކި ވެރިކަމުގައި ބާރު ހުރި މަގާމް ތަކުގައި އެތައް ދުވަހަކު އެ މީހުން ތިއްބެވެ. ގައުމަށް ހިދުމަތް ކުރަން ފުރުސަތު ތަކުރާރުކޮށް ލިބުނު މީހުން އެ މީހުންގެ ތެރޭގައި ގިނައެވެ. ލިބުނު ފުރުސަތުގައި އެއްކަމެއްނުވެ އެމީހުން ވަނީ ފެއިލް ވެފައެވެ. އޭގެތެޔެއިން އެކަކީ ޑރ.ޝަހީމްޢެވެ.

    ޑރ.ޝަހީމް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ކަން ދެފަހަރަށް ކޮށްފިއެވެ. އިސްލާމް ދީން ކުރިއަރުވާ ހޯދާދެވުނު ނަސްރެއް ނެތެވެ. ދީނީ ހައްދު ގާއިމެއް ނުކުރެވުނެވެ. މުޖުތަމައާއި ސަރުކާރުގެ ތެރެއިން ރިބާ ނައްތައެއް ނުލެވުނެވެ.

    ދީނަށް ފުރައްސާރަ ކުރުމާ ދީނުގެ ނަމުގައި ހައްދު ފަހަނައެޅުން ދިޔައީ މައްޗަށެވެ. ހަށިވިއްކުމާ މުންކަރާތް ތަކަށް އަރައިގަންނަ މީހުން މަދެއް ނުކުރެވުނެވެ. ތައުލީމީ މަންހަޖުގައި އިސްލާމީ ސަގާފަތު އަށައެއް ނުގެންނެވުނެވެ. އިސްލާމީ ޝަރީއާ ގާއިމެއް ނުކުރެވުނެވެ.

    ދީނަށްޓަކައި ޑރ. ޝަހީމަށް މިހާރު ކުރެވޭނި ވަކީން ކޮންކަމެއް ހެއްޔެވެ. ޑރ.މުއިއްޒުގެ ސަރުކާރެއް ގެނެސްގެން ދީނަށްޓަކާ ކުރެވޭނި ވެސް ވަކީން ކޮންް ކަމެއް ހެއްޔެވެ.

    ޑރ. ޝަހީމަށް އަނެއްކާ ވެސް ވަޒީރުކަން ހޯދައިގެން ބޮޑު މުސާރައާއި ދިދަޖެހި ކަރާ ހައިބަތު ހޯދިދާނެއެވެ. އިސްލާމް ދީން މި ގައުމުގައި ކުރިއަރުވަން ކުރެވޭނެ އެއްކަމެއް ވެސް ނުއޮންނާނެއެވެ.

    ދީނުގެ ނަން ބޭނުން ކޮށްގެން ހީލަތްތެރި ކަމާއެކު ކެންޕޭނު ކޮށްގެން ބާރު ހޯދަން އުޅެނީ ދީނަށްޓަކައެއް ނޫނެވެ. ޖީބަށްޓަކައެވެ.

    ]]>
    Thu, 28 Sep 2023 19:41:38 +0500 ހީރަސްނިއުސް
    ހުރިހާ ކަމަކަށް އެއްބަހަސް ތިޔަ އަނިޔާއާ ދެކޮޅު https://heerasnews.com/1865 https://heerasnews.com/1865 ސަންސިޔާމު ޕޯޑިއަމަށް އަރާ މަޚްރަޖުން ވާހަކަ ދައްކަނީ ހަމަ ހުރެފައެއް ނޫނެވެ. އެއީ މުއިއްޒުގެ ބަފާބެ މަރްހޫމް ޝޭޚް ހިންނަވަރު މުހަންމަދު އިބްރާހީމްގެ މއ. ބާބުލްޢަވާލީގައި ފެންފިހި ލާން އުޅުނު އެ މަދަރުސާގެ ދަރިވަރެކެވެ. ޖަމިއްޔަތުއް ސަލަފްގެ ބިންގަލަކީ އެއީއެވެ.  

    މީހުން ބުނެ އުޅޭ ގޮތުން ސިޔާމަކީ ސަލަފަށް ބޮޑުކޮށް ފަންޑުކޮށް ފައިސާދޭ މީހެކެވެ. ތެދެއް ދޮގެއް ނޭނގެއެވެ. އެހެން ވިޔަސް އެނގޭ ކަމެއް އެބަ އޮތެވެ. ސިޔާމްގެ ސަންޓީވީ އާ ސަން އެފް އެމުން ޢަލީ ރަމީޒްމެންގެ ދީނީ ޕްރޮގްރާމްތައް ހިތަކަށް ތަޅާ އަޅާފައި އޮތެވެ. އަނެއްކޮޅުން ސިޔާމްގެ ނައިބު އަލީ މައުރޫފާއި ޑރ. މުއިއްޒުއަކީ ހިންނަވަރު ޖަނާބުގެ ދަނބި ދަރިންނަށް ވުމަކީ ސަލަފަށް ހަރަދުކުރުމަށާއި މުއިއްޒަށް ތާއީދުކުރަން ސިޔާމަށް އޮތް މަޖުބޫރެކޭ ބުނާހިތެއް ނުވެއެވެ.

    މިފަހަރުގެ އެމްޑީޕީ ކޯލިޝަނުގައި ސަން ސިޔާމް ހުރީ އެއްދޮނުގައި ދިހަބާރަ ބުޅިޖެހުމުގެ ބޭނުމުގައި ރާވައިގެން ކަމަށްވުން ގާތެވެ. އެއް ކޮޅުން އިންތިހާބުގައި ވާދަ ކުރަނީ ސަލަފްގެ ބޮޑު ޅިޔަނު މުއިއްޒެވެ. ސަލަފަށް ވާގިދޭން ސިޔާމާ އެންމެ ކައިރީގައި ހުރީ ސަލަފުގެ ކުޑަޅިޔަނު މައުރޫފެވެ. ސަލަފްގެ މުއިއްޒާ ވާދަކުރަން އަނެއް ކޮޅުގައި އޮތީ އެމްޑީޕީއެވެ.  

    ރައީސް ޞޯލިޙް އަރިހުގައި މާއިޚްލާޞްތެރި އަކަށް ވެގެން ސިޔާމް އުޅުނީ ކޮންމެ ކޮޅެއް މޮޅުވިޔަސް ސިޔާމްމެންގެ އަސްލު އެޖެންޑާގެ ފަލީތާ އޭގެ ތެރެއަށް ވައްދަން ކަމަށް ވެދާނެއެވެ. 

    ކުޑަފަރީ ސިޔާމްގެ ގެސްޓް ރޫމް ގިނަޔަސް މާރުޅި އަންނަން ނުހަދާށެވެ. 2008ގައި މައުމޫންގެ ވެރިކަން ވައްޓާލަން އުޅުނުއިރު އައްޑުވަސް މަޖައްލާގައި ސިޔާމަށް ފާޑުކިޔާފައި ލިއުމެއް ލިއުނު ލޯޔަރ ޙަސީންގެ ކޮއްކޮ ޢަބްދުލް ޙަމީދު ޢަބްދުލް ކަރީމަށް މަރުގެ އިންޒާރުދީފައި މެސެޖްތައް ކުރީވެސް ސަންޓްރެވަލްގެ ނަމުގައި ނަގާފައި އޮތް ފޯން  ނަމްބަރަކުންނެވެ. ޔާމީނު ރަޝީދު ގަތުލު ކޮށްލިރޭ މިޝަން ނިމިއްޖެކަމަށާ އެކުދިންނަށް ބޭރަށް ފުރުމުގެ ޓިކެޓާއި ޑޮލަރކޮޅު ހަމަޖައްސާލަން ސިޔާމަށް ކުރި މެސެޖެއް ކަމަށް ބުނާ މެސެޖެއް ދައުރުވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ލަންކާގައި މަރަލާފައި އޮއްވާ ފެނުނު ރަބަރޭގެ މަރާ ގުޅިގެން ފެތުރުނު ވަހަކަތައް ދައްކާކަށް ނެތީމެވެ. ހިލްޓަން މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ނޫސްވެރިއަކަށް އިންޒާރުދީ ބިރު ދެއްކިކަން އޮތީ ފަޅާ އަރާފައެވެ. 

    އެކަމުވެސް ބުނަމެވެ. ސަން ސިޔާމާއެވެ! ބިރެއް ނުގަނެއެވެ. ހަޝިޝް ބޮއެގެން ހައްޝާޝީންނަށް ވެގެން، އެބަސް މީހުން މަރާ އެސޮސިން ކަމުގައި އިނގިރޭސި ރަދީފަށް ވެއްދި ޖާރިޔާއިންނާ ގަހުރަމާނުންނާ މަންޖޯޅިވާ ވިސްނުމާ ދިވެހިން ދެކޮޅެވެ. އެއީ ވިޔާދާ ބައެއް ނޫނެވެ. ހަމަ ހުވައެވެ. ބިރެއް ނުގަނެއެވެ.

    ބޭވަފާތެރިކަމާ ބޭއިންސާފުގައި ހައްދު ފަހަނައަޅާ ގޮސް ފުރަތަމަ ބުރުގައި މާމުއި ބޮއެގެން މަސްތުވެހުރެ، ދެވަނަ ބުރުގެ ވޯޓަށް 3 ދުވަހަށް ވީމާ ތިމާގެ ހުރި ގޮތެއް ފޮތެއްނެތް އަނިޔާވެރިކަން އެމްޑީއޭ ކައުންސިލްގެ ނިންމުމަކުންނޭ ކިޔާ ތިޔަހަރަ ބޭޒާރުވީ އަމިއްލަ އަށެވެ. ފުރަތަމަ ބުރުގައިވެސް ސަން ސިޔާމުގެ ފަރާތުން ރައީސް ޞޯލިހަށް ލިބުނު ވޯޓެއް ފެންނާކަށް ނެތެވެ. 

    ރިސޯރޓް މުވައްޒަފުންނަށް ހަފްތާ އަކު 2 ދުވަސް ޗުއްޓީ ދޭން ރައީސް ޞޯލިޙް ނިންމެވީމާ އަރައިގަތް ރުޅީގާ ދެވަނަ ބުރުގައި މުއިއްޒު ކައިރިއަށް ކީއްކުރަން ހެއްޔެވެ؟ ސަން ސިޔާމް ފޮންނެއްކާއަށް ދިޔަޔަސް ރެސޯރޓް މުވައްޒަފުން ގަނަ ތަޅުވާ އެކަކީ ސަންސިޔާމް ނޫން ކަމުގައި ނުވެއެއް ނުދާނެއެވެ. 

    ރޯމާ ދުވާލު ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ކުރި އަނިޔާގައި އަތްޖަހާ ހޭން ހުރި އެކަކީ ސަންސިޔާމެވެ.

    ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި މެޑަމް ފާތުންއަށްޓަކާ ސުވަރުގޭގައި އެތައް ގަނޑުވަރެއް ބިނާ ކުރެވޭ ކަމަށް ބުނެ މަލަކޫތީ ޢާލަމް އަކީ ކޮންސްޓްރަކްޝަން ސައިޓަކަށް ހެދި މީހަކީ ހަމަ ތިޔަ ސަންސިޔާމެވެ. 

    އެމްޑީއޭ ހެދީ އެމްޑީޕީގެ ވަސް ފުހެލަން ކަމަށް ފާޅުގައި ބުނީ ވެސް ތިޔަ ސަންސިޔާމެވެ. ސިޔާމްގެ މުދާވެރިކަން މާތްރަސްކަލާނގެ ޔަދު ގުދުރަތުން އިރުއްވާ ފަޅި ސިކުންތަކުން ނިކަމެތި ކުރައްވަފާނެ ކަމެއް ހިތަކަށް ނާރައެވެ؟ 

    ހިލްޓަނަށް ދޭން ޖެހޭ ފައިސާ އަށް ފިލައިގެން ދެން ނިކަން ސިންގަޕޯރ އަށް އަރާލަ ބަލާާށެވެ. ވާގޮތް އެނގޭނެއެވެ.

    ކުޑަފަރީ ސަންސިޔާމް ގާތުގައި ސާފުކޮށް ބުނަމެވެ. ސިޔާސީ ގޮތުން ހުރިހާ ޖަލަކާ ޒުވާބަކާ ވާދަ ކުރަން ވެސް އޯކޭއެވެ. އެކަމަކު ޔާމީނާ މުއިއްޒާ އެކު ކަލޭމެން ދިވެހިންގެ މައްޗަށް އެކުޅަ އަނިޔާވެރިކަން އެނބުރި އަންނާކަށް ދިވެހިން އޯކޭ އެއް ނޫނެވެ.  

    ސަން ސިޔާމަކީ މުއިއްޒުމެން ކުރި އަނިޔާވެރި ވެރިކަމުގެ ހުރިހާ މާލަމް ތަކަށް ފައު ކުރެއްވި މާތް ސާހިބާ ކަމަށް ހެދިގެން އުޅުނު އެކަކެވެ.  

    އެސަބަބާ  ހުރެ  ރައްޔިތުން  ވޯޓްލާނީ  ނަމްބަރު  3،  ރައީސް  އިބްރާހިމް  މުޙަންމަދު  ޞޯލިޙަށެވެ.

    ]]>
    Thu, 28 Sep 2023 09:56:36 +0500 ހީރަސްނިއުސް
    އިދިކޮޅުން ހަދަނީ ބުހުތާން ދޮގު: ރައީސް https://heerasnews.com/1857 https://heerasnews.com/1857

    ރާއްޖޭގައި އިންޑިއާ ސިފައިން މިލިޓަރީ ހަރަކާތުގައި އުޅޭކަމަށް ބުނެ އިދިކޮޅުން ހަދަނީ ދޮގުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އިންޑިއާ މިލިޓަރީ ހަރަކާތެއް ހިންގާ ކަމަށް ޝައްކުވާ ކޮންމެ ތަނެއް ދައްކަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ސޯލިހް ރޭގައި ވިދާޅުވިއެވެ. 

    އެމްޑީޕީގެ ސޯސަސް ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ބޭރު ސިފައިން ތިބޭ ވާހަކައަކީ މުޅިން ބުހުތާނު ދޮގޮ ވާހަކައެއް ކަމަށެެވެ. އަދި ރާއްޖޭގެ އެއްވެސް ތަނެއްގައި އަސްކަރީ ބޭނުމެއްގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަމުގެ ޔަގީން ރައީސް ދެއްވިއެވެ.

    އިންޑިއާގެ މިލިޓަރީ ހަރަކާތް ހިންގާކަމަށް ޝައްކު އުފައްދާ އުތުރު ތިލަފަޅުކަމުގައި ވިޔަސް ކައްދޫ އެއާޕޯޓު ކަމުގައި ވިޔަސް ހަނިމާދޫ ކަމުގައި ވިޔަސް ޝައްކުނުކުރައްވާ ވަޑައިގެން ބައްލަވަން ރައީސް އެދިވަޑައިގަތެވެ. އެއިން އެއްވެސް ތަނެއްގައި އެކަހަލަ ބޭނުމަކަށް އެއްވެސް ގައުމެއްގެ އެއްވެސް މީހަކު ނުތިބޭނެ ކަމަށް ޔަގީން ކަމާއެކު ރައީސް ވިދާޅުވިއެވެ.

    ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައްޗަށް ބަސް ކިއޭނެ އެހެން ބަޔަކު ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭން ކަންކަން ނިންމާނީ މި ގައުމަށް އެންމެ ފައިދާާ ހުރި ގޮތަށްކަމަށާއި ރާއްޖޭގެ ސިޔާސަތަކީ ރާއްޖެ ގަބޫލުކުރާ އުސޫލުތަކުގައި ދަމަހައްޓާ ހުރިހާާ ގައުމަކާ އެކީގައި ހަމަހަމަ ކަމާއެކީގައި ގުޅުން ބަދަހިކޮށްގެން  ކުރިއަށް ދިއުންކަމަށް ރައީސް ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ގުޅުން ކަނޑާލައިފައި ހުރި އެތައް ގައުމަކާއެކު މި ސަރުކާރުން އަލުން ގުޅުން ގާއިމުކުރި ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. 

    ]]>
    Sun, 24 Sep 2023 13:48:21 +0500 ހީރަސްނިއުސް
    މާލޭގޯތިތައް ހަދާނެ ފައިސާ ކަށަވަރު ކޮށްފި https://heerasnews.com/1847 https://heerasnews.com/1847 މާލޭ ރައްޔިތުންނަށް ލިބޭ ގޯތިތައް ހެދުމަށް ބޭނުންވާ ފައިސާ ދިގު މުއްދަތުން 4 ޕަސެންޓް އިންޓްރެސްގައި އަދާ ކުރާގޮތަށް މެދުއިރުމަތީގެ ވަރުގަދަ ބޭންކަކުން ލިބޭގޮތް ސަރުކާރުން ކަށަވަރު ކޮށްފިއެވެ. 

    މިކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރޭން އިކްއިޓީ ފައިސާ ދެއްކުމަށް ދަތިވާ ރައްޔިތުންގެ އިކްއިޓީ ކަށަވަރު ކޮށްދޭނީ ދައުލަތުގެ ޚާއްޞަ ސޮވެރިން ގެރެންޓީ އެއްގެ ދަށުން ކަމަށް މަޢުލޫމާތު ލިބެއެވެ. 

    މި ފެސިލިޓީގެ ދަށުން ޢިމާރާތް ކުރުމުގެ ފައިސާ އެންމެ ފުރަތަމަ ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ގިރާވަރު ފަޅާ ގުޅި ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ކަމަށް ވެއެވެ. އޭގެ ބޭނުމަކީ އެ ސަރަހައްދުގެ ޢިމާރާތްތައް އަވަހަށް ނިމުނު ވަރަކަށް ޑިމާންޑް ބޮޑުވެ ތިލަމާލެ ބްރިޖް ގިރާވަރާ ހަމައަށް ނިންމުގެ ސްޕީޑް އޭގެ ޒާތުން އަވަސް ވުމަށްޓަކައެވެ. 

    އެނގިފައިވާ ގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތް ތަކުން އެތަންތަން ކުރެހުމަށް ކުރަން ޖެހޭ ޚަރަދު ވެސް މިސްކީމްގައި ހިމެނެއެވެ. 

    އަދި މިކަން ވެސް އިންތިޒާމް ކުރެވެނީ ބިންވެރިޔާ ސްކީމް ފަދަ ކިއު ނުޖެހި އިތުރު ތަކްލީފް އުފުލަން ނުޖެހޭ ފަދަ ފަސޭހަ އޮންލައިން ޕޯޓަލްއެއް މެދުވެރި ކޮށެވެ. ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކޮންމެ މާލޭގެ ރައްޔިތެއްގެ ގޯތީގެ ރަޖިސްޓްރީ އަކީ ތަފާތެއް ނެތި އެ ހުރިހާ ފަރާތްތަކަށް މި ސްކީމަށް ޝަރުތު ހަމަވާ އެންމެ މުހިންމު ޑޮކިއުމެންޓެވެ.

    ތަރުތީބު ނުގެއްލި ފަސޭހަކަމާއެކު އިތުރު ލަސްވުމަކަށް ފުރުސަތު ނުދީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު އެންމެނަށް ގޯއްޗާއި އެގޯތީގައި އިމާރާތް ކުރުން އެންމެ އަވަހަށް ކަށަވަރު ކުރުމަށް ދެވަނަ ދައުރެއް ރައީސް ސޯލިހަށް ދިނުމުގެ މުހިންމުކަން ބޮޑުކަމަށް ގޯތިލިބުނު ގިނަ ފަރާތް ތަކުން ބުނެއެވެ. 

    ]]>
    Tue, 19 Sep 2023 14:18:36 +0500 ހީރަސްނިއުސް
    މެޑަމް ފަޒޫ ފްލޮޕްކޮށްލި ޕީޕީއެމް ފިލްމު https://heerasnews.com/1845 https://heerasnews.com/1845 އުމުރުން 60 ވުމުގެ ކުރިން ޝާޚްރުކްޚާން ބޮޑީ ހަދައިގެން ކުޅުނު ފިލްމު ޕަތާން ހިޓް ވިޔަސް ޕީޕީއެމްގެ މެގަ ސްޓަރ މެރިހާނާ އިރުބާލްޚާން ޢުމުރުން 60 ގިރާކުރި ފަހުން ނޮވެމްބަރ 3 އާއި ގުޅުވައި ކުޅުނު ފިލްމު "ޖެހިފޮޑިބުޑަށް" ވަދެ ވީ ފްލޮޕަކަށެވެ. ސަބަބަކީ އެ ފިލްމުގައި ދޮގުމައްޗަށް ދޮގުހެދުމާ އޯވަރ ރިއެކްޓް ކުރުމެވެ. 

    ފިލްމުގައި އޭނާ ހަދާފައިވާ އެއް ދޮގަކީ، ނޮވެމްބަރ 3 އައި އިރު އޭނާއަކީ ތުއްތު ބަބާ އެއް ކަމަށް ހެދިގެން އުޅުމެވެ. ކޮންތާކު ހެއްޔެވެ؟ ނޮވެމްބަރ 3 އައިއިރު އޭނައަކީ 25 ގިރާކޮށް އުމުރުން 30އަށް ފައިނަގަމުން ދިޔަ ހަރު ފިރިހެނެކެވެ. ނުވިތާކަށް ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ވަޒީފާގައި ހުރި، ސިފައިންގެ މީހެކެވެ.  

    ޑިއުޓީއަށް ފަރުވާ ކުޑަވެ، ބޭކާރު ގޮތުގައި ރޭގަނޑު ހޭލާ އުޅެ މީހާ ފިލުނދު ވަންދެން ދުވާލު ނިދަން އޮންނަ ހިތްވާ އުޅުމެއްނެތް މީހެކެވެ. ގިނަ މީހުންނާ ހިތާވުމަކީ އޭނާ މާގަޔާވާ ކަމެކެވެ. 

    ތެދެކެވެ. އޭނާގެ ބައްޕަ މަރްހޫމް މެރިހާނާ ޢަބްދުއްސައްތާރަކީ އިސްލާމީ މަރުކަޒުގެ ޢާމިލެއްގެ ވަޒީފާގައި ހުންނެވި ހެޔޮލަފާ ރަނގަޅު ބޭކަލެކެވެ.

    ތަމަޅައިން ރަހީނުކުރި މީހުން، ނޮވެމްބަރ 3 ވަނަ ދުވަހުގެ އިރު އޮއްސެމުން ދިޔައިރު މާލޭ ބަނދަރުގައި އޮތް ޕްރޮގްރެސް ލައިޓް ނަމަކަށް ކިޔާ އާގު ބޯޓަކަށް އަރުވާ ބޯޓް ހައިޖެކް ކުރިއެވެ. އޭގެ ތެރޭގައި މަރްހޫމް ޢަބްދުއްސައްތާރު ހިމެނުނެވެ. އޭރު ޕްރައިވެޓް އިރުބާލް ހުރީ ބަނޑޭރިގޭ އެތެރޭގައެވެ. 

    އެރޭގެ އިރާކޮޅު އިންޑިއާގެ އާރމީއާއި ޕެރަޓްރޫޕަރުން ބަރު ހަތިޔާރާ އެކު ހުޅުލެ ހިފީ ބްރިގޭޑިއަރ ޖެނެރަލް ބަލްސާރާގެ ކޮމާންޑްގައެވެ.

    ރަހީނުން ގޮވައިގެން ޕްރޮގްރެސް ލައިޓް ގާދޫކޮލުން ނިކުތީ ފުނަދޫއާ ހުޅުލެއާ ދެމެދުންނެވެ. އެ ވަގުތަކީ މިހާރުގެ އާޓާމިނަލް އާ ދިމާ މާލެއާވީ ފަޅީގައި އިންޑިއާ ސިފައިންގެ ބޮޑު ބަޑީގެ ފައިތައް ކިރިޔާ ހަރުކޮށްލެވުނު ވަގުތެވެ. ލިބުނު ހަނި ދަނޑިވަޅުގައި ވެސް ޕްރޮގްރެސް ލައިޓްގެ އިންޖީނުރޫމާ ދިމާވާ ގޮތަށް އިންޑިއާ ސިފައިންގެ ބޮޑުބަޑީގެ ހަމަލާއެއް ޕްރޮގްރެސް ލައިޓަށް ދިނެވެ. ނަމަވެސް ރަހީނުން ތިބުމާއެކު އިތުރު ހަމަލާ ނުދިނީއެވެ. އޭރު ހުޅުލޭގައި އިންޑިއަން އާރމީގެ މަތިންދާ ބޯޓްތަކާ އިންޑިއާ ސިފައިން ކިރިޔާ ރުކުރުވާ ލެވެނީއެވެ.  

    އަނދިރީގެ ތެރޭގައި ރަހީނުން ތިބި ބޯޓް ގާދޫ ކޮލުން ނިކުމެގެން ދިޔައިރު އޭގައި އޭނާގެ ބައްޕަވީކަން ވެސް ނޭނގޭ އިރްބާލް ހާން ހުރީ ސިފައިން ގޭގައެވެ.

    އެރޭގެ ފަތިސް ވަމުން ދިޔައިރު މާލޭ ދެކުނު ފަރާތުގައި މުއިއްޒު ކަނޑާފައި އެއޮތް ހޮޅިލާ ނެރާ ދިމާއިން އިންޑިއާ ސިފައިން މާލެ އަރަން ފަށައިފިއެވެ. ފެންނަ މީހަކު ފިތްކަނޑައިގެން ދާވައްތަރުގެ ބައެކެވެ. އެކިވައްތަރުގެ ހަތިޔާރުން މުޅިމީހާ އޮންނަނީ ފުރިފައެވެ. ބެކްޕެކްގެ ބޭރުގައި ފަކީރާއެއް ވެސް އޮވެއެވެ.  

    ސިފައިންގެ ހަރަކާތްތަށް މާލޭގައި ހިނގަމުން ދިޔައިރު އިރްބާލް ޚާން ހުރީ މާލޭގައެވެ. އޭނާގެ ބައްޕަ ގޮވައިގެން ދިޔަ ޕްރޮގްރެސް ލައިޓް ވީ ހިސާބެއް ވެސް ނޭގެއެވެ. 

    އިންޑިއާގެ ފައިޓަރ ބޯޓުތަކުން ތަކުން އެބޯޓަށް ފާރަ ލަމުން ދިޔައިރު މި އޮޕަރޭޝަންގެ އެންމެ ކުރިއަށް ނެރެފައި އޮތީ އައިއެންއެސް ގޯދާވަރީ ނަމަކަށް ކިޔާ ބޮޑު މަނަވަރެވެ.

    އަމާންނުދީ ދެންވާ ލަންކާގެ ސަރަހައްދަށް ވަދެފާނެހެން ހީވުމުން އިންޒާރުގެ ޝޮޓްތައް ތަކުރާރުކޮށް ދިނުމުން ވެސް ޓެރަރިސްޓުން މަޑު ނުކޮށް ކުރިއަށް ދިއައެވެ. ގޯދާވަރީއަށް ބިރުދައްކާ ފަސްޖެއްސުމަށް ހިންގި ލާއިންސާނިއްޔަތުގައި ހ. މެރިހާނާ ޢަބްދުއްސައްތާރު ޝަހީދުވިއެވެ. އެ މަރުހޫމްގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ. އަދި ސިޔާސީ ޑްރާމާ ކުޅުމަށް ބައްޕައަށް އެވެނި މިވެނި ގޮތް ހެދީ ތިމަންގެ ލޯކުރިމަތީގައޭ ކިޔައިގެން ބައްޕަ ނެތް ދުނިޔޭގައ އޭނާގެ ދަރި އިރްބާލް ޚާން ކުޅޭ ފިލްމުތަކުގެ ނުބައިކަމުން އޭނާގެ ރޫޙަށް ތުރާލެއް މިންވަރު ނުކުރައްވާށިއެވެ.

    އިރްބާލަކީ ގިނަ އަނބިން ގެންގުޅޭ ހިތްވާ ދަރިން ގިނަ މީހެކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ވިލިމާލޭން ލިބުނު ގޯތި ދިގު މުއްދަތަށް ބައިބަޔަށް ކުއްޔަށްދީ ދަރިންނަށް ބޯހިޔާވަހިކަން ގެއްލިފައި ވަނިކޮށް ލިބިފައިވާ އުންމީދަކީ ރައީސް އިބޫ ގެންނެވި ބިންވެރިޔާ ސްކީމެވެ.

    ޕީޕީއެމަށް ނިސްބަތްވާ މީހަކު އިރްބާލް ދުއްވާނެ ޓެކްސީއެއް ދިން ކަމަށް ވެއެވެ. އެ މީހުންގެ ރުހުން ހޯދައިގެން ލިބިދާނެ މޮޅެއްގެ ދަހިވެތި ކަމުގައި ޑައިރެކްޓަރ މިދުއަމް ސައުދު ބުނި ގޮތަށް ކުރި އެކްޓަކީ ދޮގެވެ. 

    މެޑަމް ފަޒްނާ އާ ދެކޮޅަށް މިދުއަމް ސައުދު ލައްވާ ޕީއެންސީ މުއިއްޒު ހިންގި ހުތުރު ޢަމަލާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ވެސް އިންތިހާއަށް ކޯފާވެ ވަޑައިގަތް ކަމަށް ވެއެވެ. އެމްޑީޕީގެ ސަޕޯޓަރުންގެ އިތުރަށް ދިވެހި ވަރަށް ގިނަ ރައްޔިތުންނާ ޕީޕީއެމްގެ މެންބަރުންވެސް އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރެއެވެ. 

    ]]>
    Mon, 18 Sep 2023 19:59:49 +0500 ހީރަސްނިއުސް
    މުއިއްޒު ލީކް: ޔާމީނު ގެއަށް ބަދަލުކުރުން ޑިލޭ ކުރަނީ https://heerasnews.com/1844 https://heerasnews.com/1844 ޑރ. މުއިއްޒުގެ ވެރިކަމެއްގައި އޭނާގެ ޗީފް އޮފް ސްޓާފަކަށް ބަހައްޓަން ނިންމާ ފައިވާ ރަމީޒާއެކު ސިއްރު ގިނަ ކަންތައް ތަކެއް ދަނީ ހިއްސާ ކުރަމުންނެވެ. މުއިއްޒުގެ ސީރިއަސް ސިއްރު މީޓިންތައް އިންތިޒާމު ކުރަނީ ރަމީޒެވެ. ކަންކަމުގައި މުއިއްޒާ ހިއްސާކުރަން ޖެހޭ ހުރިހާކަމެއް ވެސް އެހެން މީހުން ހިއްސާ ކުރަނީވެސް ރަމީޒު މެދުވެރި ކޮށެވެ. 

    ޑރ. މުއިއްޒާއި ރަމީޒާ ދެމެދު ބަދަލު ކުރެވިފައިވާ މެސެޖްތަކެއްގެ ޗެޓްލޮގް މިހާރުވަނީ ލީކްވެފައެވެ. ލީކްވެފައިވާ ޗެޓްލޮގުން ފަޅާއެރި އެންމެ ބޮޑު ސިއްރަކީ ރައީސް ޔާމީނު މިނިވަން ކުރުން ލަސް ކުރަން މުއިއްޒު ކުރަމުންދާ މަސައްކަތެވެ. މި ދެންނެވި ޗެޓް ލޮގްގައިވާ ވާހަކަ ތަކަށް ބައްލަވާށެވެ. 

    • ރަމީޒު: ސަރ. ކެބިނެޓަށް މީހުންލާން އެބަ ވަރަށް ޕުރެޝަރކުރޭ. ގައްސާން ޑިފެންސް މިނިސްޓްރީއަށް ލާންވެގެން އެބަ ކިޔާ ލީޑަރޝިޕްގެ ބައެއް ބޭފުޅުން. ކޮމިޓްމަންޓެއް ހޯދަން އެބަ ކިޔާ. ކީކޭތޯ ބުނަންވީ.
    • މުއިއްޒު: އަދި ވަކި ޑިސިޝަނެއް ނުނަގަން. އެކަމާ ޑިސްކަސް ކުރަން އެބަ.
    • ރަމީޒު: އޯކޭ. ޖަމީލް- ރައީސް ޔާމީންގެ ނަންތަކެއް ގެނެސް ދެވިއްޖެ. ބައެއް ކީ ޕޯޓިފޯލިއޯ ތަކަށް.
    • މުއިއްޒު: ރައީސް ޔާމީނު ގެއަށް ބަދަލު ކުރުމުގެ ކުރިން ކެބިނެޓް އެނައުންސްކޮށް ނިންމާނަން.
    • ރަމީޒު: ....އެކަމަކު. ވަގުތުން ގޭބަންދަށް ބަދަލުކުރަން ޖެހޭނެ ނޫންތޯ. ނޮވެންބަރ 17ގަ.
    • މުއިއްޒު: ރަމީޒު މިހާރު ވެސް ކަރެކްޝަންސް ތްރޫކޮށް އިދާރީ ގޮތުން ޑިލޭކުރަން ވޭއެއް ހޯދާ. އެކަން ޗެކްކޮށްފަ ބާއްވާ.
    • ރަމީޒު: އޯކޭ. މިރޭ މީޓިންގ 21.00 ކޮންފޯމް. ސަލަފް.
    • މުއިއްޒު: އޯކޭ. ސަލާމް. 

    މީހުންގެ ހުރި ނުބައި ނުލަފާކަށް ދެކޭށެވެ. ޔާމީނުގެ ފޮޓޯ ވިއްއކައިގެން ޔާމީނުގެ ސަޕޯޓަރުންގެ ތާއީދުގައި ވެރިކަމަށް އައިސް ޔާމީނަށް ދޭން ރާވާ ކެހީގެ ކުޑަ މިންވަރެއް މިއޮތީ ފެންނާށެވެ. ވެރިކަން އަދި ލިބުނީއެއް ވެސް ނޫނެވެ. ވެރިކަން ލިބިއްޖެނަމަ ކުޑަމިނުން ކެބިނެޓް ޕޯސްޓެއްހާ ހިސާބު ވެސް ޔާމީނު ބުނާ މީހަކަށް ދިއްކޮށްލުމުގެ ވިސްނުމެއް މި ގައްދާރުގެ ނެތެވެ. 

    މި ވާހަކަ ވެސް އަވަހަށް ދޮގުކުރާށެވެ. ތާއީދު ގެއްލުވާލަން ދައްކާ ހަގީގަތެއް ނެތް ވާހަކަ އެކޭ ބުނާށެވެ. ކިތަންމެ ބާރަށް ދޮގު ކުރިޔަސް މިއީ ތެދު ހަގީގަތެކެވެ. ދެވަނަ ބުރުގައި ވޯޓު ދިނުމުގައި ޔާމީނުގެ ވަފާތެރިން ވަރަށް ބޮޑަށް މިކަމާ މެދު ވިސްނަން ޖެހެއެވެ. މިއީ މުއިއްޒުގެ ގައްދާރު ކަމުގެ ކުޑަ މިންވަރެކެވެ.  

    ]]>
    Mon, 18 Sep 2023 15:09:29 +0500 ހީރަސްނިއުސް
    ޔާމީންގެ ދުޝްމަނުންނާއެކު މުއިއްޒު ކޮންގަނޑެއް https://heerasnews.com/1842 https://heerasnews.com/1842 ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރގެ މަގާމުގައި ހުރީ ކާނަލް ނާޒިމްއެވެ. ނައިބު ރައީސް އަކީ ޖަމީލެވެ. ހައުސިންގ މިނިސްޓަރަކީ  މުއިއްޒެވެ. މުއިއްޒަކީ އަޭގެ ކުރިން ނާޒިމް ކުންފުނީގެ ވަޒީފަގައި ގެންގުޅުނު މީހެކެވެ.

    ރައީސް ޔާމީނާ އަދީބާ ދެބޭފުޅުން ރާއްޖޭން ބޭރަށް ވަޑައިގަތް ދަނޑިވަޅެއްގައި ކުއްލިއަކަށް ހިނގީ ބޮޑުކަމެކެވެ. އެކަމުގެ ފަހަތުގައިވާ ޝައްކުތަކާ ސުވާލުތައް ބޮޑުވެގެން ގޮސް ނާޒިމާ ޖަމީލް އަދި މުއިއްޒާ މެދު ރައީސް ޔާމީން ވަރަށް ބޮޑަށް ސަމާލުވިއެވެ. އެއީ ޕީޕީއެމް ތެރޭގައި އޭރު ވައިއަޑުން ކިޔަން ފެށި "ފެންބަޣާވާތެވެ"

    މުޅިމާލެ ފެނައްޖެހުނީ "ކާޓޫނު" ގޮތަކަށް ވޯޓަރ ސަޕްލައިގައި ހިނގި އަލިފާނުގެ ހާދިސާ އަކުންނެވެ. އަލިފާން ނިއްވީ ސިފައިންނެވެ. މިނިސްޓަރަކީ ނާޒިމެވެ. ހުރިހާ ޝައްކުތަކާ އެކު މައްސަލަ ވަޔަށް ދިޔައެވެ. 

    ހާދިސާ ހިނގުމާއެކު އަސްތާއެވެ. ކަމަކު ދާކަށްނެތެވެ. ދެންފެނުނީ މާލޭ ރައްޔިތުން ފެނައް ޖެހުމުން ސަލާމަތްކޮށްދޭ ސްޕައިޑަރމޭންގެ ގޮތުގައި ކާނަލް ނާޒިމް ރައްޔިތުންގެ ތެރޭގައި "ކުނބުއަނބުރަން" ނުކުތްތަނެވެ.

    މަނަވަރު ފަހަރާ ވައިގެ މަގުން ގެނެވުނު ފެންކޭސް ރައްޔިތުންނަށް ބަހާ ބޮހަކީ ނާޒިމްއެވެ. މެޑަމް ފާތުންގެ ސޮދަގާތު ފައުންޑޭޝަނާ އެކަން ހަވާލު ކުރަން ޔާމީން އެންގެވީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ.

    ނުބައެއް ހިނގާކަން ޔާމީނަށް ކަށަވަރުވެ ލަސްތަކެއް ނުވެ ޖަމީލު ބޭރުކޮށްފިއެވެ. ނާޒިމް ކޮޓަރިން ބަޑި ފެނިއްޖެއެވެ. މުއިއްޒު އާދޭސް ދަންނަވާ އަވަދި ވިއިރުވެސް އިކޮނޮމިކް ކައުންސިލުން ޖާގަ ނުދެއްވާ ހުރިގޮތަށް ބެހެއްޓީއެވެ.

    މަންޒަރު ބަދަލުވި އިރު އެއްކަލަ ޖަމީލް އައިސް ޔާމީންގެ ލޯޔަރަކަށްވީ ވީނުން އެ މަނިކުފާނު އިތުރަށްވީ ތާއްޓެވެ. ފަހު ވަގުތު ރިޔާސީ ޓިކެޓް އެއޮތީ މުއިއްޒު އަތުގައެވެ. އެއްކަލަ ނާޒިމް އެހުރީ މުއިއްޒުގެ މާއަރިހުގައެވެ. ރައީސް ޔާމީން ހައްޔަރު ކުރަން އުޅުނު މުހްތާޒު މުހުސިން އަދި މުއިއްޒާ މާގާތެވެ. އަދީބާ ހަމައިން ރައީސް ޔާމީނަށް އެންމެ ބޮޑު އުނދަގުލަކަށްވި މޫސާ ސިރާޖް ވެސް އެހުންނެވީ މުއިއްޒު އަރިހުގައެވެ.

    ރިޔާސީ ޓިކެޓް އަތަށް ނަގައިގެން، ރައީސް ޔާމީންގެ ހަތުރުން އެއްކޮށްގެން މުއިއްޒު ކުރަން އުޅޭ ކަމެއް ނޭނގި، ގުނބޯ ތަކެއްހެން ޕީޕީއެމް މީހުން ނަށަނީއެވެ. އެއްބުރުގައި ވޯޓްލާ ނިމުނު އިރުވެސް ހޮވިއްޖެއްޔާ ވަގުތުން ރައީސް ޔާމީން މިނިވަން ކުރާނަމޭ މުއިއްޒަކަށް ފަހަކުން ނުބުނެވެއެވެ. 

    އެމްޑީޕީ އެދަނީ ވޯޓްނުލާ ތިބި ރައީސް އިބްރާހީމްގެ އެތައް ހާސް އިތުރު ވޯޓާއެކު އިންތިޚާބް ކާމިޔާބް ކުރުމަށް ކަމަށް ފެނެއެވެ. ރައީސް ޔާމީން މިނިވަން ވެގެން މުއިއްޒަށް ސިޔާސީ ގެއްލުމެއް ލިބިދާނެތީ ހައްޕު ކިޔައިގެން ހުއްޓަސް 2 ވަނަ ދައުރު ފެށިގެން ރައީސް ޔާމީނާ މެދު ރައީސް އިބްރާހިމާ މެދު ކުރެވޭ އުންމީދު ވެސް މުއިއްޒަކަށް ނެތެވެ. 

    އާދޭސްކޮށް މަޖުބޫރު ވެގެން މުއިއްޒުގެ ކެމްޕޭނަށް މޫނުފުޅު ދިއްކޮށްލެއްވިޔަސް މެޑަމް ފާތުންނަށް އެ ދުވަސް ފެނިވަޑައިގަންނަވާ ފަދައެވެ.

    ]]>
    Mon, 18 Sep 2023 09:31:47 +0500 ހީރަސްނިއުސް
    އެމްޑީޕީ ގިއަރަށް ލުމުން އިދިކޮޅު ސިިހިއްޖެ https://heerasnews.com/1838 https://heerasnews.com/1838 ދެވަނަ ބުރުގެ ރީ- ރެޖިސްޓްރޭޝަން 2 ދުވަސް ތެރޭ 25 ހާހަށްވުރެ މަތިވުމުން ޑރ މުއިއްޒު ކުރެއްވި ޓްވީޓަކުން  އިދިކޮޅު ސިހިއްޖެކަން ހާމަވެއްޖެއެވެ.  

    ތާރީޚުގައި ރެކޯރޑް އަދަދަކަށް ވޯޓްލާން މީހުން ނުނުކުންނަ ފުރަތަމަ ރައުންޑްގެ ވޯޓުން މުއިއްޒަށް ކުރި ލިބިފައި ވަނިކޮށް ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް 24 ގަޑިއިރު އެމްޑީޕީން ކުރިއެވެ. އެމްޑީޕީގެ އެތެރޭގެ ގުޑުން ތަކުގެ ސަބަބުން ފަހަށް ޖެހި މޯޅިވެފައި ތިބި އެ ޕާރޓީގެ މެމްބަރުންނަށް ފުރަތަމަ ރައުންޑް ވެގެން ދިޔައީ ލިބުނު ވޭކަޕް ކޯލަކަށެވެ. އެއާ އެކު އެކި ދުވަސްވަރު އެމްޑީޕީގައި ހަރަކާތްތެރިވި ގިނަ ބަޔަކު ނުކުމެ އިންތިޚާބް ކާމިޔާބް ކުރުމުގެ މަސައްކަތް މިހާރު ގިއަރަށް ލާފައި ވަނީ އެ ޕާޓީގެ ކުރީގެ ސްޓައިލަށެވެ.

    މުއިއްޒު 7 އަހަރު ވަޒީރުކަން ކުރެއްވި ސަރުކާރު ތަކުގެ އަނިޔާ ވަނީ އެ ފަރާތްތަކުން ތަހަންމަލު ކޮށްފައެވެ. އެހެން ކަމާއެކު 5 އަހަރު ހަމަޖެހިގެން ތިބުމަށްފަހު ކުރީގެ އަނިޔާވެރިކަން އަނބުރާ އިއާދަވުމުގެ ބިރަށް އެމްޑީޕީ މީހުން މިހާރު އެދަނީ ނުކުންނަމުންނެވެ.

    ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ މީހުން ދެކޭ ގޮތުގައި އަނިޔާވެރިކަން އެނބުރި އަތުވެއްޖެނަމަ ދެންވެސް އެންމެ އަވަހަށް ޖަލަށްލާނީ ރައީސް ނަޝީދެވެ. އަބްދުއްލާ ގާޒީގެ މައްސަލާގައި ރައީސް ނަޝީދު ހައްޔަރު ކުރުމުގެ ފުރުސަތު އޮތްކަމަށް އިދިކޮޅުން ދެކެއެވެ. އެހެން ކަމުން އަނިޔާވެރި ކަމަށް ޖާގަ ނުދިނުމަށް ރައީސް ޞޯލިޙަށް ވޯޓު ދިނުމުގެ އޮއިވަރެއް މުޅިރާއްޖޭގައި ހިނގައިގެންފިއެވެ. 

    ކޮރަޕްޝަންގެ ތުހުމަތަކީ ހުރިހާ ސަރުކާރު ތަކަށް ވެސް އަމާޒުވާ ތުހުމަތެކެވެ. އެހެންނަމަވެސް ސަރުކާރުން އަނިޔާވެރިކަން ޢާންމުކޮށް، ގަނޑުކޮށް މީހުން ޖަލަށްލުމާ ގޭންގް މާރާމާރީއާ ޑްރަގާ ދީނީ ހައްދުފަހަނަ އެޅުމުގެ ތުހުމަތު ބޮޑުވުމަކީ މިއިންތިޚާބްގައި ޑރ މުއިއްޒަށް ވޯޓު ދިނުމަށް މީހުން ފަސްޖެހޭ ވަރަށް ބޮޑު ސަބަބެކެވެ.

    އެމްޑީޕީ މީހުން ދެކޭ ގޮތުގައި ޑރ މުއިއްޒަކީ ހިޔަންޏެކެވެ. އަސްލަކީ ޔާމީނެވެ. 

    ]]>
    Sun, 17 Sep 2023 13:00:44 +0500 ހީރަސްނިއުސް
    މުއިއްޒަށް ސަލާމަތެއް ނެތް https://heerasnews.com/1836 https://heerasnews.com/1836 ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވެރިކަމަށް އަތުވެއްޖެ ނަމަ ހެޔޮވެރިކަމެއްގެ ކުލަވެސް ނުފެންނާނެއެވެ. އަމާންކަން ގެއްލި ވެރިކަން ދިފާއު ކުރުން ނޫން ކަމެއް ފުރަތަމަ ދުވަހުއްސުރެ ކުރައްވާކަށް މުއިއްޒަކަށް ނުއޮންނާނެއެވެ. ސަބަބުތައް ބައިވަރެވެ. ގަބޫލުކުރެވުނަސް ނުކުރެވުނަސް ހަގީގަތަކީ މިއެވެ. ކުރެވުނު މޮޔަކަމާ ހެދި ފަހުން ރޮއެ ހޭރުނަސް ކުރެވޭނެ ކަމެއް އެއިރަކުން ނުއޮންނާނެއެވެ. ވަގުތު ފާއިތު ވުމުގެ ކުރިން ވިސްނާށެވެ.  

    ރިޔާސީ ކެންޕޭނުން އެކަނި ވެސް އެކަން ސާބިތު ވެއެވެ. ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ވިއްކަވަނީ އަމިއްލަ ފޮޓޯފުޅެއް ނޫނެވެ. ރައީސް ޔާމީނުގެ ފޮޓޯއެވެ. ބޭނުން ކުރައްވަނީ ޕީޕީއެމްގެ ކުލައެވެ. ވޯޓުދޭން ތިބީ ރައީސް ޔާމީނުގެ ސަޕޯޓަރުންނެވެ. އެހެން ކަމުން މުއިއްޒަށް ލިބިވަޑައިގަންނަވަނީ ރައީސް ޔާމީނު މިނިވަން ކުރުމަށް ލިބޭ ވޯޓެވެ. މުއިއްޒުގެ ފުރަތަމަ ކަމަކަށް ވާނީ ރައީސް ޔާމީނު މިނިވަން ކުރެއްވުމެވެ. ރައީސް ޔާމީނު މިނިވަން ނުވެ ލަސްވާ ކޮންމެ ދުވަހަކީ މުއިއްޒަށް ވާނީ އިންތިހާއަށް އުނދަގޫ ދުވަހަކަށެވެ. 

    ރައީސް ޔާމީނު މިނިވަންވެ ވަޑައިގެންފިނަމަ އެޖެހެނީ އަނެއް ކަންތަކެވެ. މުއިއްޒު ސަރުކާރު ހިންގަން ޖެހޭނީ ރައީސް ޔާމީނު ވިދާޅުވާ ގޮތަކަށެވެ. މުއިއްޒު ވެގެންދާނީ އެލުވާފާ ހުންނަ ޗާނދަލިޔާ އަކަށެވެ. އިހުތިޔާރެއް އާރެއް ބާރެއް ނުއޮންނާނެއެވެ. ވެވަޑައިގެން ވައުދުތައް ވެސް ދާނީ ދަލު ފުލުންނެވެ. ރައީސަށް ވީތީ ޔާމީނުގެ ބަސް ކަވާލާ މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ދައުލަތް ހިންގުމަށް ދިމާކުރައްވައިފި ނަމަ އެދެން ކަންތަކާ ޖެހުނީއެވެ. މުޅި ގައުމުގައި މަރުތަޅު އެޅޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު އޮންނާނީ އިދިކޮޅަށާއި ޔާމީނަށެވެ. އެމްޑީޕީ ބައިބައިވެގެން ނިކުތް ނަތީޖާއަށްވުރެ ހިތި ނަތީޖާ ވެރިކަމުގެ ކުރީކޮޅު މުއިއްޒަށް ތަހައްމަލު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. 

    އަންނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރެވެންދެން މަޖިލީހުގެ ކޮންޓްރޯލު އޮންނާނީ އިދިކޮޅުގައެވެ. މަޖިލީހުގެ އެއްބާރުލުން ވެރިކަން ހިންގުމަކަށް ނުލިބޭނެއެވެ. މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ސަރުކާރާއި އެއްކޮޅަށް އަނބުރާލަން ބޮޑު ގުރުބަނީއެއް ސަރުކާރުން ވާން ޖެހޭނެއެވެ. ވެރިކަމުގެ އެހާ ކުރީކޮޅު އިދިކޮޅުގައި އޮތް މަޖިލީހެއްގެ ކޮންޓްރޯލު ސަރުކާރަށް ހޯދުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. ނަތީޖާއެއްގެ ގޮތުން މަޖިލީހާއި ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ސަރުކާރަށް ލިބުމުގެ ފުރުސަތު ވަރަށް ކުޑައެވެ. 

    ދެން އޮތީ އިދިކޮޅެވެ. އެމްޑީޕީގެ ބިޔަ ބޮޑު ލަޝްކަރު އޮންނާނީ މަގުމަތީގައެވެ. ދަ ޑިމޮކްރެޓްސް ވެސް އޮންނާނީ މަގުމަތީގައެވެ. ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރެއިން ޔާމީނުގެ ވަފާތެރިންވެސް ތިބޭނީ މަގުމަތީގައެވެ. ވަށައިގެން މުއިއްޒު ސަރުކާރަށް އޮންނާނީ ޕްރެޝަރެވެ. ޕްރެޝަރ މެނޭޖުކޮށް ރައްޔިތުންނަށް ހިދުމަތެއް ދޭނެ އަވައްޖެއް މުއިއްޒު ސަރުކާރަކަށް ނުވާނެއެވެ. 

    ޑރ. މުއިއްޒު ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖޭގެ ފަސްމަންޒަރު މިނޫން ގޮތަކަށް ކުރެހިގެން ދަނީ މުއުޖިޒާތަކުންނެވެ. ހިދުމަތްތައް ހުއްޓި ތަޅާފޮޅުމާއި ނާމާންކަމާ ބިރުވެރިކަން ނޫން އެހެން ކަމެއް ނުއޮންނާނެކަން ކަށަވަރެވެ. ރާއްޖޭގެ ހަމަ ޖެހުމާ ތަރއްގީއަށްޓަކާ ޑރ. މުއިއްޒަކީ ޗޮއިސްއަކަށް ނުވަނީ އެހެންވެއެވެ. 

    ]]>
    Sat, 16 Sep 2023 16:42:59 +0500 ހީރަސްނިއުސް
    މުހުތާޒަށް މިހާރު އަނިޔާ އޯކޭ https://heerasnews.com/1833 https://heerasnews.com/1833 އިންސާނުންނަކީ ހާދަ ޒާތެއްގެ ބައެކެވެ. ކިތަންމެ ބޮޑު އަނިޔާވެރިކަމެއް ދައްކާފައި އޮތަސް ވަރިހަމަ ތާއެވެ. ޔާމީނާ އޭނާގެ އަނިޔާވެރި ޓީމަށްވުރެ ރަނގަޅު ބަޔަކު ބައެއް މީހުނަށް މިހާރަކު ނެތެވެ. ގައިގާ އެޅި ވޭނެއް އެދުވަހު އަނބިދަރިންނާއި އާއިލާ ރުއިރުއިމެއް މިހާރަކު ހަނދާނެއް ނެތެވެ. 

    ގާނޫނާ ހިލާފަށް ރައީސް ޔާމީނުގެ ވެރިކަން ވައްޓާލުމަށް ކޯޓު އަމުރެއް ނެރެގެން ވެރިކަން ބަދަލު ކުރަން އުޅުނުކަމަށް ވެއެވެ. ފުލުހުންނަށް ކޯޓު އަމުރެއް ކުރަން އުޅުނު ކަމަށްވީ ރައީސް ޔާމީނު ހައްޔަރު ކުރުމަށެވެ.

    ގާނޫނާ ހިލާފަށް ރައީސް ޔާމީނު ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރޭން އިސްވެ އުޅުނު ކަމަށް ވަނީ އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލެވެ. ރައީސް ޔާމީނު ހައްޔަރު ކުރުމުގެ އަމުރު ނެރުވަން އުޅުނު ކަމަށްވަނީ އދ. މާމިގިލީ ކޯޓުންނެވެ..

    ރައީސް ޔާމީނު ހައްޔަރު ކުރަން އުޅުމުގެ ތުހުމަތުގައި މާމިގިލި ކޯޓުގެ އޭރުގެ މެޖިސްޓރޭޓް ހައްޔަރުކޮށް އަނިޔާވެރިގޮތެއްގައި ބޮޑެތި އުގޫބާތް ދެއްކިއެވެ. މަގާމުން ވަކިކޮށް ޖަލުގެ ތޭރިތަކު ފަހަތައް ވައްޓާލިއެވެ. އޭނާގެ އަނބި ދަރިންނާ އާއިލާ ބިކަކޮށް ލޮލުން ކަރުނަ އޮހޮރުވާލިއެވެ.

    ހަމަ އެއާއިއެކު ރައީސް ޔާމީނު ހައްޔަރު ކުރަން އުޅުމުގެ ތުހުމަތުގައި އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ހައްޔަރުކޮށް އަނިޔާވެރި ގޮތެއްގައި އޭނައަށް ވެސް ބޮޑެތި އުގޫބާތް ދެއްކިއެވެ. މަގާމުން ވަކިކޮށް ޖަލުގެ ތޭރިތަކު ފަހަތައް އޭނާވެސް ވައްޓާލިއެވެ. އޭނާގެ އަނބި ދަރިންނާ އާއިލާ ބިކަކޮށް ލޮލުން ކަރުނަ އޮހޮރުވާލިއެވެ. ހައްގުން ކަމަކާ ނުލައެވެ. 

    ޔާމީނުގެ ވޭންދެނިވި އަނިޔާގައި މުޖުތާޒުމެން ޖަލުގައި ދުވަސްތައް ގުނަމުން ދިޔައިރު ޑރ. މުއިއްޒުމެން ތިބީ ޔާމީނު ދެމުންގެންދިޔަ އިހާނެތި އަނިޔާ ތަކަށް ހިތްވަރުދީ ސާބަސްދީ އަތް ޖަހާށެވެ. 

    ބޭއިނާސާފުން ވޭންދެނިވި އަނިޔާތައް ދެމުން ދަނިކޮށް މުހުތާޒު މެނަށް އިންސާފު ހޯދާދީ މިނިވަންކަން ހޯދާދިނީ ރައީސް ސޯލިހު ނޫން ދެވަނަ މީހެއް ނޫނެވެ. މުޅި އުމުރުގައި ޝުކުރުވެރިވުން ހައްގެވެ.

    އެހެނެއް ކަމަކު މުހުތާޒު މުހުސިން މިއަދަކު އެކަން ހަނދާނެއް ނެތެވެ. އަނިޔާވެރިންނަށް މިއަދު އެހުރީ ބައިއަތު ހިފައިގެންނެވެ. އަނިޔާވެރި ކަމަކީ މައްސަލައަކަށް ނުވިއެވެ. މިއަދު ޔާމީނާ ޔާމީނުގެ ހިޔަނިވެސް މުހުތާޒަށް އޯކޭއެވެ. އަނބިދަރިން އެޅިކަރުނައިގެ އަގެއް ނެތެވެ.

    ]]>
    Thu, 14 Sep 2023 22:11:07 +0500 ހީރަސްނިއުސް
    ފާތުންގެ ގާތްމީހުނަށް ފްލެޓްބަހާލީ މުއިއްޒު: ނިޔާޒު އިބްރާހީމް https://heerasnews.com/1832 https://heerasnews.com/1832 ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ދެއްވި ލިސްޓަކަށް ނިކަމެތި ރައްޔިތުންގެ ސޯޝަލް ފްލެޓުތައް ބަހާލި ބޭފުޅަކު ރައްޔިތުންނަށް އިންސާފުވެރިވާނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު މުޅި ދައުލަތުގެ ނިޒާމު ހަރާބު ކުރަން ފުރުސަތު ޑރ. މުއިއްޒު ދެއްވާފައިވާ ކަމަށް ނިޔާޒު ތުހުމަތު ކުރައްވައެވެ.

    ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތައް ރައްޔިތުން ހޭދަ ކުރީ ހިޔާ ފްލެޓްތައް ހޯދުމަށް އެދި ހައުސިން މިނިސްޓްރީ ތެރޭގައިކަމަށް ނިޔާޒު ވިދާޅުވިއެވެ. އެކަމަކު ނިކަމެތި ރައްޔިތުންނަށް  ފްލެޓްނުދީ މެޑަމް ފަތުން ބުނި ގޮތަށް އެކަމަނާގެ އަރިސް މީހުންނަށް ސޯޝަލް ހައުސިން ޔުނިޓުތައް ބަހާލި ޑރ. މުއިއްޒުކަމަށް އޭނާ ވިދާޅުވިއެވެ. 

    ނިކަމެތި ރައްޔިތުންނާ މެދު ރައްޔިތުންނާ ދޭތެރޭ އަދުލުވެރިވެ އިންސާފުވެރިވާނެ ކަމަށް ގަބޫލް ކުރުމަކީ މޮޔަ ކަމެއް ކަމަށް ނިޔަޒު ވިދާޅުވިއެވެ. ޕީޕީއެމް ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓު މެޑަމް ފާޠުން ދިން ލިސްޓަށް ބަހާލެވުނީތީ ހިތާމަ ކުރާ ކަމަށް މުއިއްޒު ވިދާޅުވެފައި ވަކަމަށް އޭނާ ވިދާޅުވެއެވެ.

    ނިޔާޒް އިބްރާހީމްއަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އޮޑިޓްކުރައްވާ އޮޑީޓްރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވަވާ ރައްޔިތުންގެ ސަމާލުކަމަށް އެމައްސަލަ ގެނަސްދެއްވި އޮޑިޓަރ ޖެނެރަލެވެ. އެކަމާ ގުޅިގެން ގާނޫނަށް ގެނައި ބަދަލަކުން ރައީސް ޔާމީނުވަނީ އޮޑިޓަރ ޖެނެރަލް މަގާމުން ނިޔާޒް އިބްރާހީމް ވަކިކުރެއްވާފައެވެ. ރައީސް ޔާމީނު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލި ބެންކް އޮފް މޯލްޑިވްސްގެ މެނޭޖަރ ގާސިމް އަބްދުލްކަރީމް ވެސް މަގާމުން ވަކިކޮށް ޖަލަށްލާ އަނިޔާވެރިވެފާވެއެވެ.  

    ]]>
    Thu, 14 Sep 2023 18:59:23 +0500 ހީރަސްނިއުސް
    ތުނބުޅި ބެހެއްޓިޔަނުދޭން ޔުނިވާސަލާއި ޗަންޕާ ވޯޓު އެޅުވީ މުއިއްޒަށް https://heerasnews.com/1825 https://heerasnews.com/1825 ތުނބުޅި ބެހެއްޓުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ މުއައްޒަފުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ. ރިސޯޓު ތަކުގައި ހިދުމަތް ކުރާ މުއައްޒަފުން ތުނބުޅި ބެހެއްޓުމަކީ ބައެއް ރިސޯޓުތަކުގެ ވެރިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ. ތުނބުޅި ބެހެއްޓުމުގެ މިނިވަންކަން ހޯދުމަށް ބޭނުން ވެގެން ރިސޯޓު ތަކުގައި ވަޒީފާ އަދާކުރާ މުއައްޒަފުންގެ އެދުމުގެ މަތީން ތުނބުޅި ބެހެއްޓުމުގެ މިނިވަންކަން ރިސޯޓު މުއައްޒަފުންނަށް ހޯދާ ދިނުމަށް "ޓީމް" އާއި ގުޅިގެން ސަރުކާރުން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.

    ގަވައިދެއްގެ ދަށުން ރިސޯޓް މުއައްޒަފުންނަށް ތުނބުޅި ބެހެއްޓުން ހުއްދަ ކުރުމަށް ސަރުކާރާއި ޓީމުން ކުރި މަސައްކަތް ޔުނިވަސަލްއާއި ޗަންޕާ ރިސޯޓްސް ފަދަ ބޮޑެތި ބައެއް ކުންފުނިތަކުން ދެކޮޅު ހަދާ އެއްބާރުލުން ނުދީ ވަނީ ހުރަސް އަޅާފައެވެ. ރިސޯތް މުއައްޒަފުން ތުނބުޅި ބެހެއްޓުމާ އެންމެ ބޮޑަށް ދެކޮޅު ހަދަނީ ޔުނިވާރސަލް އާއި ޗަންޕާ ރިސޯތްތަކުގެ މެނޭޖުމަންޓުން ކަމަށް ވެއެވެ. 

    ތުނބުޅި ބެހެއްޓުމުގެ މިނިވަންކަން ރިސޯޓުތަކުގެ މުއައްޒަފުންނަށް ލިބި ދިނުމަށް ޔުނިވަރސަލްއާއި ޗަންޕަރ ބްރަދަރސް ފަދަ ކުންފުނިތަކުން ހުރަސް އަޅަމުން ދަނިކޮށް ގަވައިދެއް ހަދާ ތަންފީޒުކުރުމުގެ ކުރިންވެސް ތުނބުޅި ބެހެއްޓުމުގެ ފުރުސަތު ރިސޯޓް މުއައްޒަފުންނަށް ދިނުމަށް ސަރުކާރުން ވަނީ ރިސޯޓުތަކުގެ މެނޭޖްމަންޓްގައި އެދިފައެވެ. މުއައްޒަފުންނަށް ތުނބުޅި ބެހެއްޓުމަށް ފުރުސަތުދޭން ސަރުކާރުން އެދުނު އެދުމަކީ ބައެއް ރިސޯޓު އޯނަރުންނާއި މެނެޖުމަންޓްތަކަށް ގަބޫލުކުރެވޭ ކަމަކަށް ނުވިއެވެ. ހާއްސަކޮށް ޔުނިވަރސަލްއާއި ޗަންޕާ ބްރަދާސްއަށް އެކަން ހަޖަމެއް ނުކުރެވުނެވެ. 

    ރިސޯޓު މުއައްޒަފުން ތުނބުޅި ބެހެއްޓުން ހުއްދަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާތީ ރައީސް ސޯލިހާ ދެކޮޅަށް ވޯޓު ދިނުމަށް މުއައްޒަފުންނަށް މަޖުބޫރު ކުރުވިއެވެ. ޔުނިވާސަލް ރިސޯޓްތަކާއި ޗަންޕާ ރިސޯޓުތަކުން ވަޒިފާގެ ބިރުދައްކާ ޑރ. މުއިއްޒަށް މުއައްޒަފުން ލައްވާ މަޖުބޫރުން ވޯޓު އަޅުވާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ހީރަސް ނޫހަށް ވަނީ މައުލުމާތުދީފައެވެ. 

    ޑރ. މުއިއްޒުގެ ވެރިކަމެއްގައި ރިސޯޓްތަކުގައި ތުނބުޅި ބަހައްޓައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ނުދޭނެކަމުގެ ކަށަވަރުކަން ޗަންޕާ ބްރަދާރސް އާއި ޔުނިވާސަލުން ހޯދާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

    ]]>
    Wed, 13 Sep 2023 19:28:36 +0500 ހީރަސްނިއުސް
    އުތުރު ތިލަފަޅަކީ ދިވެހި އަޝްކަރިއްޔާގެ މިލްކެއް https://heerasnews.com/1821 https://heerasnews.com/1821 ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާއި ދެމެދު ވަރަށް ގިނަ ކަންތައް ތަކެއްގައި އެއްގައުމު އަނެއްގައުމަށް މިލިޓަރީ ގޮތުންނާއި ސަރަހައްދީ ރައްކާތެރިކަން ދިނުމަށް  އެއްބަސް ވަނީ ވެފައެވެ. އުތުރު ތިލަފަޅު އެއްބަސް ވުމަކީވެސް އޭގެ ބައެކެވެ. މި އެއްބަސްވުމުގެ ދަށުން ގާއިމު ކުރެވޭ މިލިޓަރީ ޑޮކްޔާޑް ގާއިމު ކުރެވެނީ އުތުރު ތިލަފަޅުގައެވެ.

    އުތުރުތިލަފަޅުގައި ތަރައްގީ ކުރާ މިލިޓަރީ ޑޮކްޔާޑަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްގީ ކުރާ ތަނެކެވެ. އެތަން ތަރައްގީ ކުރުމުގެ ހުރިހާ މަސައްކަތެއްހެން ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ދިވެހި ސަރުކާރުގެ ސީދާ ބެލުމުގެ ދަށުންނެވެ. ރާއްޖެއާއި އިންޑިއާ އާއި ދެމެދު އެއްބަސް ވެފައިވާ ގޮތަށެވެ. އިންޑިއާގެ ހިލޭ އެހީގައި ބިނާކުރެވޭ މިލިޓަރީ ޑޮކްޔާޑަކީ ސައްތައިން ސައްތަ ދިވެހި ރާއްޖޭގެ ތަނެކެވެ. ބިނާ ކުރުމުގެ މަސައްކަތް ހިނގަމުން ދާއިރު އެ ތަނަށް އައިސްގޮސް އުޅޭ އެންމެންނަކީ ވެސް އެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް އައިސް ގޮސް އުޅޭ މީހުންނެވެ. 

    ތަނަކީ މިލިޓަރީ ބޭނުމަށް ތައްޔަރު ކުރެވޭ ތަނެއް ކަމުން ބޭނުން ކޮންމެ މީހަކު ބޭނުން ހާއިރަކު އެތަނަށް އައިސް ގޮހެއް ނޫޅެވޭނެއެވެ. އެއްބަސްވުމާ އެއްގޮތަށް އެތަނުގެ މަސައްކަތްތަކާގުޅޭ ގޮތުން އެކަމުގައި އުޅެންޖެހޭ ބަޔަކު އައިސް ގޮސް އުޅޭނެއެވެ. އެގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އައިސް ގޮސް އުޅުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ނުވެސް އޮންނާނެއެވެ. 

    ހުޅުމާލެ ބުރިޖް އެޅުމުގެ މަސައްކަތް ކުރިއިރު އުސް ފަސްގަންޑު ސަރަހައްދާއި ލޮނުޒިޔާރަތްކޮޅުން ބައެއް އެއްކޮށް ބަންދުކޮށްގެން އެ މީހުން އުޅުނެވެ. ބޭނުން އިރަކު ބޭނުންހާ މީހަކަށް އެތާކަށް ނުވަދެވެއެވެ. އެތާނގައި މަސައްކަތުގައި ޗައިނާގެ އެތައް ސަތޭކަ ބަޔަކު އުޅުނެވެ. ބްރިޖުގެ އެކިކަންކަމާ ގުޅިގެން ޗައިނާގެ އެތައް ބަޔަކު ފޭލިގެ ޖަހައިގެން ބުރިޖާ ދާދި ކައިރީގައި މިހާރުވެސް އެބަތިއްބެވެ. އެތަންތަނަކީ އެކަމުގައި އުޅޭ މީހުން ތިބުމަށް އުސޫލުގެ ތެރެއިން ދޫކޮށްފައި އޮންނަ ތަންތަނެވެ. އެތަންތާކަށް ހިތުހުރި މީހަކު ހިތުހުރި ގޮތަކަށް ވަދެ އެއް ނޫޅެވޭނެއެވެ. އެއީ ކޮންމެހެން އެތަންތަނަކީ މިލިޓަރީ ބޭސްތަކަކަށް ވެގެން ވާގޮތެއް ނޫނެވެ. 

    އައިޖީ އެމް އެޗް އިމާރާތްކުރި ދުވަސްވަރު އެކަމުގައިވެސް ގިނަ އަދަދެއްގެ އިންޑިއާ މީހުން އުޅުނެވެ. އެ ދުވަސްވަރު އެތަނަކީ އިންޑިއާގެ މިލިޓަރީ ހޮސްޕިޓަލެކޭ ކިޔާ އަޑުފެތުރިއެވެ. އައްޑޫގައި ބިނާކޮށްފައި އެހުރި ޕޮލިސް އެކަޑަމީ ބިނާ ކުރަމުން ދިޔައިރުވެސް އިންޑިއާގެ މިލިޓަރީ ބޭހެއް ކަމަށް ކިޔާ ފިތުނަވެރި ވާހަކަ ފެތުރިއެވެ. އާހިރުގައި އެ ބިޔަ ބިނާ ތަކަކީ ސައްތައިން ސައްތަ ދިވެހި ފުލުުހުންގެ މަރުކަޒެކެވެ. އެތަނަކާ އިއްޑިއާއަކާ ބެހޭ ކަމެއް ނޫނެވެ. 

    އުތުރުތިލަފަޅުގެ ކަންކަން ވެސް އާހިރުގައި ނިމިގެންދާނީ އެ މަގުންނެވެ. މިނިވަންކަން ގެއްލި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދާކަމަށް ގޮވާ ބަޔަކު ވެރިކަމާހެދި މަރުފަލި ޖަހަނީ މި ހަގީގަތްތައް މިހެން ހުއްޓައެވެ. އުތުރުތިލަފަޅު މިލިޓަރީ ޑޮކްޔާޑް ނިމި ދިވެހި އަސްކަރިއްޔާއިން ބޭނުން ކުރަން ފެށުމުން އެތަނަކީ އިންޑިޔާގެ ބޭހެއް ނޫންކަމާ ދިވެހިންގެ އަމިއްލަ މިލްކެއްކަން ގަބޫލު ކުރެވޭނެއެވެ.  

    ]]>
    Tue, 12 Sep 2023 13:08:31 +0500 ހީރަސްނިއުސް
    ސަރުކާރަށް ދިފާއު ނުވެވުނު ބަލިފައި https://heerasnews.com/1819 https://heerasnews.com/1819 ރައީސް ސޯލިހު ދެކޮޅަށް ވާދަވެރިން ފެތުރި ވާހަކަތަކުން ސަރުކާރަށް ދިފާއު ނުވެވުނު ބައެއް ކަންކަން ފާހަގަކޮށްލެވެއެވެ. އެކަން ކަމަށް އެކަށީގެންވާ ރައްދެއް ނުފެނެއެވެ. 

    • ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން ތިބިކަމަށް ދެކެވުނު ވާހަކަ
    • އިންޑިއާ އެމްބަސީން ސަރުކާރު ހިންގުމަށް ނުފޫޒު ފޯރުވާކަމަށް ދެކެވުނު ވާހަކަ
    • މަސްކަނޑުން ބައެއް ދޫކޮށްލި ވާހަކަ
    • ދަރަނި ބޮޑުވެ ދަރަނިން އަރައި ނުގނެވޭނެ ވާހަކަ
    • ފެނަކަ އާއްމު ކުންފުނިތަކަށް ދަރާ ފައިސާ ނުދައްކާ އޮތް ވާހަކަ
    • ހެލްތު ދާއިރާގެ މުސާރަ ބޮޑުކުރުމުގެ މަންފާ އެ މުއައްޒަފުންނަށް ނުކުރި ވާހަކަ
    • ރަށްރަށުގައި ފަށާފައިހުރި ގިނަ މަސައްކަތް ނުނިމޭ ވާހަކަ
    • ވައިގެ ދަތުރުތަކުގެ އަގު ބޮޑު ވާހަކަ
    • ވޯޓް ހޯދުމަށް ގިނަ ބަޔަކަށް ވަޒީފާ ދިން ވާހަކަ
    • އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނު މައްޗަށް އެކަނި ޝަރީއަތް ކުރެވޭ ވާހަކަ
    • ސަރުކާރު ތެރޭގައި ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިންގާ ވާހަކަ
    • ނޫސްތައް ސަރުކާރުން ކޮންޓްރޯލު ކުރާ ވާހަކަ
    • ރައީސް ނަޝީދަށް ދިން ހަމަލާގެ އިންސާފު ހޯދާނުދެވުނު ވާހަކަ
    • އަގުބޮޑު ބިންތައް ވަކި ބަޔަކަށް ހިލޭ ބެހުމުގެ ވާހަކަ

    އިސްވެ ބުނެވި ދިޔަ ކަންކަމަކީ އެންމެ ބާރަށް ރައީސް ސޯލިހު ދެކޮޅަށް ވާދަވެރިން ދެއްކި ބައެއް ވާހަކައެވެ. ރައްޔިތުންގެ ގިނަ ބަޔަކަށް މަގު އޮޅުވާލި އޮޅުވާލުމަށް އެކަށީގެންވާ ރައްދެއްދީ ހަގީގަތް ހާމަކޮށް ނުފެނެއެވެ.

    ]]>
    Mon, 11 Sep 2023 11:57:03 +0500 ހީރަސްނިއުސް
    އިންޑިއާ ޑޮކްޓަރުންނާ ނަރުހުންނާ ޓީޗަރުން އައުޓް! https://heerasnews.com/1815 https://heerasnews.com/1815 ރާއްޖެ ވަށާ އިންޑިއާ ކަނޑުގައި އުޅޭ ކަނޑުފޭރޭ މީހުންނާ ހަތިޔާރާ ޑްރަގް ޓްރެފިކް ކުރާ ބޮޑެތި ނެޓްވޯރކް ތަކަށް ފާރަލަނީ އިންޑިއާގެ ސަރަހައްދު ބަލަހައްޓާ މަނަވަރު ތަކާ ޑޯނިއާ މަތިންދާ ބޯޓް ފަހަރާ ހެލިކޮޕްޓަރު ތަކުންނެވެ. މިކަމުގައި ސްރީލަންކާ އާ ދިވެހިރާއްޖެއަށް ކުރާ ފައިދާ ބޮޑެވެ. ކަނޑުމަތީގެ ޖަރީމާތަކުން ސަރަހައްދީ އިން ހިމާޔަތްވެ ފާރަވެރިވެވި އަދި ހާލުގައި ޖެހޭ އުޅަނދު ފަހަރާ މީހުން ސަލާމަތްކޮށް ބަލި މީހުން އެއްތަނުން އަނެއް ތަނަށް އިމަރޖެންސީގައި އުފުލާ ފުރާނަ ސަލާމަތް ކޮށްދެވެއެވެ. 

    މިއީ ކުރިން ބުނި ހަތިޔާރާ ޑްރަގް އުފުލާ މުޖުރިމުންނަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އިންޑިއާ ދެކެ އެ މީހުންނާ އެ މީހުންގެ އައުވާނޫން އިންތިހާއަށް ނަފްރަތު ކުރެއެވެ. އެ މީހުން ބޭނުންވަނީ އިންޑިއާ އިސްވެ އޮވެ ހިންގާ މި އޮޕަރޭޝަން ހުއްޓުވާ އެ މީހުން ހިތުހުރި ގޮތަކަށް މި ސަރަހައްދުގެ ގައުމު ތަކަކީ އެ މީހުންގެ ކުށުގެ ހާއްޔެއް ކަމުގައި ހަދާށެވެ. 

    އިންޑިއާ ސިފައިންނޭ، އިންޑިއާ އައުޓޭ ކިޔައިގެން އަޑުއުފުލާ ވެރިކަމަށް އަންނަން އެ އުޅެނީ އެ މީހުންގެ އޭޖެންޓުންނެވެ. ތިޔަހާ އިންޑިއާ ދެކެ ރުޅި އަންނަންޏާ މި ރާއްޖޭގައި ތިބި އިންޑިއާ ޓީޗަރުންނާ ޑޮކްޓަރުންނާ ނަރުހުން ވެސް މި ގައުމުން ބާލަންވާނެ ތާއެވެ. ޓީޗަރުން އެ ތިބީ ޅަދަރިންގެ ސިކުނޑިތައް ހަރާބު ކުރާށޭ ބުނެ އެ މީހުން ވާނީ ބޭރު ކުރަންތާއެވެ. އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުން ހުރިހާ ދިވެހިން މަރާ ހުސްކުރަން ކިޔަންވީތާއެވެ. 

    ނޫނެކެވެ. މި މީހުން ރުޅި އަންނަނީ އެ މީހުންގެ ނުރައްކާތެރި ޑްރަގް ވިޔަފާރި ތަކަށް އިންޑިއާ ހުރަސް އަޅާތީއެވެ.

    ]]>
    Fri, 08 Sep 2023 15:53:51 +0500 ހީރަސްނިއުސް
    އޭދަފުށީގެ 50 އިންސައްތަ އެއްވެސް ކެންޑިޑޭޓަކަށް ނުލިބޭ https://heerasnews.com/1813 https://heerasnews.com/1813 އޭދަފުށީގެ 50 އިންސައްތަ އެއްވެސް ކެންޑިޑޭޓަކަށް ނުލިބެއެވެ. އެކަމަކު އޭދަފުށީގައި ތާއީދު އެންމެ ބޮޑީ ރައީސް ސޯލިހަށެވެ. އޭދަފުށީގެ ވޯޓުދޭ އުމުރުގެ 1200 މީހުން ބައިވެރިކުރި ސާރވޭއަކުން އޭދަފުށީގެ ގިނަ މީހުން ތިބީ ރައީސް ސޯލިހަށް ތާއީދު ކުރުމުގައިކަން ކަށަވަރު ވެއެވެ.  

    ސާވޭގައި ބައިވެރިވި މީހުންގެ 42 ޕަސެންޓް މީހުން ތާއީދު ކުރަނީ ރައީސް ސޯލިހަށް ކަމަށް މި ސާވޭން ދައްކައެވެ. ޕީއެންސީ ކެންޑިޑޭޓް ޑޮކްޓަރ މުއިއްޒަށް އޭދަފުށީގައި ތާއީދު އޮތް ކަމަށް ދައްކަނީ 38 ޕަސެންޓެވެ.

    އޭދަފުށިގައި ދެން އެންމެ ގިނައީ ފާރިސް މައުމޫނުގެ ސަޕޯޓަރުންނެވެ. ފާރިސް މައުމޫނަށް 5 ޕަސެންޓް މީހުން ތާއީދު ކުރާއިރު ގާސިމް އިބްރާހިމަށް ތާއީދު ކުރަނީ 4.5 ޕަސެންޓް މީހުންނެވެ. އިލްޔާސް ލަބީބަށް ތާއީދު ކުރާކަމަށް ދައްކަނީ 3 ޕަސެންޓް މީހުންނެވެ.

    ހަމަ އެޔާއެކު 2.5 ޕަސެންޓް މީހުން އުމަރު ނަސީރަށް ތާއީދު ކުރެއެވެ. ކާނަލް ނާޒިމަށް ތާއީދު ކުރަނީ އެ ރަށުގެ 2 ޕަސެންޓް މީހުންނެވެ. ޒަމީލަށް ތާއީދު ކުރާކަމަށް ދައްކަނީ އެންމެ 0.3 ޕަސެންޓް މީހުންނެވެ. އޭދަފުށިން ސާވޭ ކުރި 2.7 ޕަސެންޓް މީހުން ވަކި ގޮތެއް ނުނިންމައެވެ.

    އޭދަފުއްޓަކީ އާބާދީގައި 3000އަށް ވުރެ ގިނަމީހުން ދިރިއުޅޭ ރަށެކެވެ. އޭދަފުއްޓަކީ ޕީޕީއެމް ހަބެއްގެ ގޮތުގައި މީގެކުރިން ފާހަގަ ކުރެވެމުން އައި ރަށެކެވެ. އެންމެ ފަހުން އޮތް ރައްޔިތުން މަޖިލިސްގެ އިންތިހާބުގައި އެމްޑީޕީގެ މައްޗަށް ޕީޕީއެމަށް ކުރި ހޯދުނީ ވަރަށް ތަފާތު ކުޑަކޮށެވެ. އޭގެފަހުން އެރަށުގައި އެމްޑީޕީ ދަނީ ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަމުންނެވެ.

    ވަކި ފަރާތަކަށް ބުރަނުވެ މިނިވަން ކަމާއެކު ކުރެވުނު މިސާވޭއަކީ އޭދަފުށީގައި ތަފާތު ފިކުރުގެ މީހުންނާ ވާހަކަ ދެކެވުނު ރެންޑަމް ސާވޭއެކެވެ. މި ސާވޭ އަކީ ވަކި މީހަކަށް ތާއީދު އޮތް ވަރު ބަލަނީކަން ނޭނގި މީސް މީހުނާ ވާހަކަ ދެކެވިގެން ކުރެވުނު ސާވޭއެކެވެ. މި ސާވޭ ކުރުމުގައި 35 މީހުން ބައިވެރިވެފައިވެއެވެ. 

     

    ]]>
    Fri, 08 Sep 2023 11:51:01 +0500 ހީރަސްނިއުސް
    ސަލަފުން ޝޭހު އަލީ ޒައިދު ގަނެލުން https://heerasnews.com/1808 https://heerasnews.com/1808 ޓޫރިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ރައީސް ސޯލިހަށް ތާއީދު ކުރުމުން އެކަމަކީ އެތައް މިލިޔަން ޑޮލަރުގެ ޑީލެއްކަމަށް ޑރ. މުއިއްޒުގެ ފަޅިންނާއި ރައީސް ނަޝީދުގެ ފަޅިން އަޑުފެތުރިއެވެ. ހެސް ކިޔާފާ ފައިސާ ބަހަމުން ކަލަ ގޮވަމުން އާދޭސް ކުރަމުން ރޮމުން ގާސިމް އިބުރާހީމް ވެސް ރައީސް ސޯލިހު ވޯޓަކަށް ވިހިތިރީސް ހާސް ރުފިޔާ ދީގެން ވޯޓު ގަންނަ ކަމަށް އެބަބުނެއެވެ. ރަށްރަށުގެ ގްރޫޕް ތަކަށް ލައްކަ ލައްކައިން ބަހަމުން "ބާގީ ނާޒިމް" ގެ މީހުން ވެސް ކިޔަނީ ރައީސް ސޯލިހު ވޯޓް ގަންނަ ވާހަކައެވެ. ކިހާރީތި ހެއްޔެވެ. ތިމާމެން ކުރާކަންތައް ފޮރުވާ މަތިޖެހުމަށް ރައީސް ސޯލިހު އިސްތަށިފުޅުގައި ތުހުމަތުތައް އަޅުވަމުން މުއިއްޒާ ގާސިމާ އިލްޔާސާ ނާޒިމާ އުމަރު ވެސް ހޭނުބަހައްޓާ ވޯޓު ގަންނަނީއެވެ. 

    ވެރިކަމުގައި މިވަގުތު ހުންނެވީ ރައީސް ސޯލިހެވެ. އެ މަނިކުފާނަކީ ވެރިކަމުގައި ހުންނެވިޔަސް ވެރިކަމުގެ ނަޖާއިޒު ފައިދާ ނަންގަވާ ބޭފުޅެއް ނޫނެވެ. ރާއްޖޭގެ ނުފޫޒުހުރި އެތައް ބަޔަކު އެ މަނިކުފާނަށް ތާއީދު ކުރައްވާ ދެވަނަ ދައުރަކަށް ހޮވުމަށް ޖާނާ މާލުން ގުރުބާން ވަމުން ދަނީ ރާއްޖެ ދެކެމުން މިދާ ކުރިއެރުމާ ހަމަޖެހުމާ އަމާންކަން ދެމެހެއްޓުމަށް ބޭނުން ވެގެނެވެ. ބަޔަކު އެ މަނިކުފާނަށް ތާއީދުކޮށް ފާޅުގައި މަސައްކަތް ކުރަނީ ހިތުން ރުހުމުންނެވެ. އެހެނަސް އެ މަނިކުފާނާ ގުޅުވައިގެން ކެނޑިނޭޅި ވޯޓު ގަތުމުގެ ތުހުމަތު އިދިކޮޅުން އެބަކުރެއެވެ. 

    ފެށުނީއްސުރެ ރައީސް ސޯލިހު ވަރެއް ނެތިގެން އުޅޭ މީސްމީހުން އިރު އޮއްސި އިރު އަރާއިރު މުއިއްޒަށް ތާއީދު ކުރުމަކީ ވިކުމަކަށް ނުވެއެވެ. ބުނާނީ ހިތުލޯބިން ތާއީދު ކުރިކަމަށެވެ. ދެ އިރު ދެ ދަޅައަށް ޓްވީޓް ކުރަމުން، ރައީސް ސޯލިހުގެ ދިފާއުގައި މީހުންނާ ފާޅުގައި ޒުވާބު ކުރަމުން އައި މީހަކު މިއަދު އިރު އެރިއިރު އޭނާގެ ވިސްނުން ކުއްލިއަކަށް ބަދަލުވީ މުއުޖިޒާތަކުން ހެއްޔެވެ. މިހުރިހާ ދުވަހަކު އޭނާ ކީހާޅެން ފަރިއްސަށްވީ ކޮންފަދަ އިލްހާމެއް އައިސްގެންތޯ އަހާ މީހުން އަހާނެއެވެ.

    ޝޭހު އަލީ ޒައިދު ބޮޑު އަގު ދީފާ ގަނެލީއެވެ. ޑީލް ހެއްދެވީ ޑރ. ޝަހީމް މެދުވެރިކޮށެވެ. ޑީލަކީ ވަޒީރު ކަމަކާއި ފަސް މިލިޔަން ޑޮލަރު ކަމަށް މައުލޫމާތު ލިބެއެވެ. ދީނީ އިލްމުވެރިން ތިބީ މުއިއްޒަށް ތާއީދު ކޮށްގެންކަން ދެއްކުމުގެ ގޮތުން ދީނީ އިލްމުވެރިން ގަތުމުގެ މަސައްކަތް ތަކެއް ޑރ، ޝަހީމް ލައްވާ މުއިއްޒު އެބަކުރެއެވެ. ދީނީ މީހުންގެ ތާއީދު މުއިއްޒަށް އެނބުރުމަށް ފައިސާ ހަރަދު ކުރަނީ ސަލަފާ ގުޅިފައިވާ އަޑިނޭނގޭ ޖަމާއަތްތަކުން ކަމަށް މައުލޫމާތު ލިބެއެވެ. ކަންދަހާރީ ބާރުވެރި ވެރިކަމެއް މި ރާއްޖެއަށް ގެނައުމަށްޓަކާ ދީނުގެ ނަމުގައި މި ސަރަހައްދުގައި އޮޕަރޭޓްކުރާ ބައެއް ޖަމާއަތް ތަކުން ސަލަފަށް ފަންޑު ކުރާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ.

    ]]>
    Thu, 07 Sep 2023 16:46:56 +0500 ހީރަސްނިއުސް
    ކުުޅުދުއްފުއްޓަށް ރަން ޒަމާނެއް ގެންނާނެ 5 އަހަރު https://heerasnews.com/1803 https://heerasnews.com/1803 އަންނަ 5 އަހަރަކީ ކުުޅުދުއްފުއްޓަށް ރަން ޒަމާނެއް ގެންނާނެ 5 އަހަރަށް ވެގެން ދިއުމަކީ ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދުކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެކަން ކޮށްދެއްވާނީ ރައީސް ސޯލިހުކަމަށް އާތިފު ވިދާޅުވިއެވެ.

    ރައީސް ސާލިހުގެ ސަރުކާރާއެކު ކުޅުދުއްފުށި ކުރިއަށް ގެންދެވޭނެ ކަމަށާއި، އެއާއެކު ކުޅުދުއްފުށީގެ އިގްތިސާދު ފުޅާވެގެން ދާނެކަމަށް މޭޔަރު އާތިފު ވިދާޅުވިއެވެ.

    ކުޅުދުއްފުށި ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ބޯހިޔާވަހިކަމަށް ކުރީގެ އެއްވެސް ސަރުކާރެއްގައި ހައްލު ލިބިފައި ނުވާކަމަށާއި ރައިސް ސާލިހުގެ ސަރުކާރުން އެކަމަށް ހައްލު ގެނެސްފައިވާކަމަށް އާތިފް ވިދާޅުވިއެވެ.

    ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިސަރުކަރުން ފައްޓަވާފައިވާ ކަމަށާއި އަދި އިތުރު 1000 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހަވާލުކޮށްފައިވާ ކަމަށް މޭޔަރު އާތިފު ވިދާޅުވިއެވެ.

    ރައީސް ޔާމީންގެ ސަރުކާރާއި ރައީސް ސާލިހު ސަރުކާރުގެ ތަފާތު ފެނިއްޖެކަމަށާއި، ކުޅުދުއްފުށްޓަށް އެންމެ ބޮޑު ތަރައްގީއެއް އައީ ރައީސް ސާލިހުގެ ސަރުކާރުގައިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިިޔާސީ އިންތިޚާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓަށް އެދެން ލަދުގަންނަންޖެހޭނޭކަމަށް މޭޔަރު ވިދާޅުވިއެވެ.

    ]]>
    Tue, 05 Sep 2023 12:00:03 +0500 ހީރަސްނިއުސް
    އަމިއްލަފުޅު އެކައުންޓަކަށް ކުންފުންޏަކުން ފައިސާ ޖަމައެއްނުވާނެ: ރައީސް https://heerasnews.com/1799 https://heerasnews.com/1799 ރައީސް ސޯލިހުގެ އަމިއްލަފުޅު އެއްވެސް އެކައުންޓަކަށް އެއްވެސް ކުންފުންޏަކުން ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު މުއިއްޒުގެ އަމިއްލަ ފުޅު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ދައުލަތުގެ މަސައްކަތްތައް ކުރަމުން ދިޔަ އެތައް ކުންފުންޏަކުން ޖަމާކުރި ކަމަށް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. 

    ހައުސިން މިނިސްޓަރު ކަމުގައި ފެބްރުއަރީ 2012 އިން ނޮވެމްބަރު 2018 އަށް ހުންނެވި، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގި ބައެއް ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް އޮންލައިން ނޫހަކުން ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ރިޕޯޓްކޮށްފައެވެ. ކުރީގެ ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓްތަކަށް ވެރިކަމުގައި ހުންނެވިއިރު ކޮރަޕްޝަންގެ ފައިސާ މިލިޔަން މިލިޔަނުން ވައްދާފައިވާކަންވެސް ވަނީ ޝަރީއަތަށް ސާބިތުވެފައެވެ. 

    ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނުގެ އެކައުންޓަށް ކޮރަޕްޝަނަށް ތުހުމަތުވާނެ އެއްވެސް ފައިސާއެއް ނުވައްދަވާނެކަމަށެވެ. އެފަދަ ކަމެއް އެއްގޮތަކަށްވެސް ނުހިނގާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

    ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ރައީސް އެވަހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މިއީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގި ދައުރެއް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާނެ ކަމަށެވެ. "މި ދައުރަކީ ހަމަ ގައިމު ވެސް ރާއްޖޭގެ ތާރީހުގައި އެއް ދައުރަކަށް އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގުނު ދައުރު. ހުރިހާ ރަށަކަށް ބެލި ނަމަވެސް އެކަން ފެންނާނެ. އެހެން ނަމަވެސް, ހަމަ ގައިމު ވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ފައިސާއެއް ވަދެފައި ނޯންނާނެ," ރައީސް ވިދާޅުވިއެވެ. "ކުރިޔަކު ވެސް ނުވަދޭ. މިހާރަކު ވެސް ނުވަންނާނެ. ދެނެއް ވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެެސް ކުންފުންޏަކުން ފައިސާއެއް ޖަމާނުކުރާނެ," ރައީސް އިތުރަށް ވިދާޅުވިއެވެ.

    މި ސަރުކާރުން އެތައް ހާސް ޕްރޮޖެކްޓެއް ފަށައި ނިންމަމުން ދަނީ ހާމަކަން ބޮޑުކޮށް ކަމަށާއި ކުރީގެ ސަރުކާރުން ރާއްޖޭގައި ކަންކަން ނުކުރެވި ލަސްވެގެން ދިޔަ ސަބަބަކީ ފަށާ ކޮންމެ ޕްރޮޖެކްޓަކުން ވެރިންނަށް ބައި އަޅަން ޖެހުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

    ]]>
    Sun, 03 Sep 2023 13:31:59 +0500 ހީރަސްނިއުސް
    ޑރ.ޝަހީމަށް: ގެއްލިގެން ތިޔަ އުޅެނީ ކޮން އިސްތިގުލާލެއް https://heerasnews.com/1797 https://heerasnews.com/1797 ދައްކާނެ ވާހަކައެއް ނެތިއްޔާ އެއްޗެއް ނުބުނެ ހުރިއްޔާ މާތާހިރުވާނެއެވެ. ނަމުގެ ކުރިޔަށް ޑރ ޖެހުނީމާ މިތިބެ މަވެތި ވާވަރެކެވެ. އަޅެ ޑރ. ޝަހީމު ނިކަން ބުނެ ބަލާށެވެ. ރާއްޖޭން ގެއްލިގެން ތިޔަ އުޅެނީ ކޮން މިނިވަން ކަމެއް ހެއްޔެވެ. މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ޒަމާނުއްސުރެ އޮތް އޮތުމަށް މިހާރު ލިބިގެން ތިޔަ އުޅޭ ގެއްލުމަކީ ކޮބައި ހެއްޔެވެ. މުއިއްޒު ވެރިކަމަށް ގެނެސްގެން ނެގެހެއްޓޭނީ މިހާރު ނެތް ކޮން މިނިވަން ކަމެއް ހެއްޔެވެ. ކޮން ސިޔާދަތެއް ހެއްޔެވެ. 

    މިހާރަށް ވުރެ ދިވެހި ދައުލަތް، ދައުލަތެއްގެ ގޮތުގައި މިނިވަން ކަމާއެކު މުއިއްޒަށް ހިންގޭނެ އެއްކަމެއް ބުނެދީ ބަލާށެވެ. މި ރާއްޖޭގައި މިހާރުވެސް ވެރިކަން ކުރަނީ ދިވެހިންނެވެ. ބޭރު ބައެއްނޫނެވެ. ރައީސް ކަމުގައި ހުންނެވީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ސުންނަތް ޖަމާއަތުގެ މުސްލިމެކެވެ. ރާއްޖޭގެ އެއްވެސް ތަނެއް ބޭރު ބައެއްގެ އަޅުވެތި ކަމެއްގައި ނެތެވެ. ރާއްޖެއާ ހަގުރާމަ ކުރާ ދެކޮޅުވެރި ބަޔަކު ނެތެވެ. ރާއްޖޭގެ ބޯޑަރު ރައްކާތެރި ކަމާއެކު ބެލެހެއްޓެއެވެ. 

    ރާއްޖެއަކީ މިނިވަން ގައުމެއް ނޫންކަމަށް ގަބޫލުކުރާ އެއްވެސް ގައުމެއް ދުނިޔެއަކު ނެތެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ތަކެކޭ އެއްފަދައިން ކަންކަމުގައި ބަސްބުނެ ގޮތް ނިންމުމުގެ ފުރިހަމަ މިނިވަންކަން ރާއްޖެއަށް ބައިނަލްއަގުވާމީ ހުރިހާ ކަމެއްގައި ލިބިގެން ވެއެވެ. ދުނިޔޭގެ ކަންކޮޅު ތަކުގައި ދިވެހި މިޝަންތައް އެހުރީ ހުޅުވާފައެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އެމްބަސީތައް ރާއްޖޭގައި އެބަހުއްޓެވެ. އެމެރިކާއާއި ޗައިނައާއި އިންޑިއާ ފަދަ އެތައް ގައުމެއްގެއެވެ.

    ދޭދޭ ގައުމު ތަކާއެކު އޮންނަންޖެހޭ ގުޅުންތައް ބަރާބަރަށް އެބައޮތެވެ. ރަހުމަތްތެރި ގައުމު ތަކުން ނިހާޔަތަށް އެހީތެރިކަން ލިބެއެވެ. މީހުން ބިނާ ކުރުމާއި ފަންނީ އެހީތެރިކަމާއި އެކި ރޮނގުރޮގުން އެކިފެން ވަރުގެ އެހީތައް އެކި ގައުމުތަކުން ލިބެމުން ދެއެވެ. ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ޖެހިޖެހިގެން ތިން އަހަރު ދުނިޔެ ބަލައިގަތީވެސް މިހިނގާ ދައުރުގައެވެ. މިއޮއްފަދަ ޒަމާނުގައި ރާއްޖޭގެ ޕާސްޕޯޓަކީ ދުނިޔެއިން ގަދަރުކުރާ ވިސާނެތި ދުނިޔޭގެ އެތައް ގައުމަކަށް ދަތުރު ކުރެވޭ މުޅި ދުނިޔޭގެ އިތުބާރު ލިބިފައިވާ ގައުމަކަށް ވަނީ ވެފައެވެ. 

    ދުނިޔޭގެ މަޖިލީހުގެ ރިޔާސަތު ވެސް މިވެރިކަމުގައި މި ރާއްޖެއަށް ވަނީ ލިބިފައެވެ. ރާއްޖޭގެ ދިގުމާޒީގައި ނުލިބޭވަރުގެ އިއްޒަތާ ބާރުވެރިކަން ލިބި ދުނިޔޭގައި ނަން ހިގާ މަޝްހޫރު ގައުމަކަށް މި ދައުރުގައި ރާއްޖެ ވަނީ ވެފައެވެ. ބަވަނަ ވެފައިވާ ދުނިޔޭގައި ދިވެހި ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ މިނިވަން މުސްތަގިއްލު ގައުމެކެވެ. ރާއްޖޭގެ ސިޔާދަތާ މެދު ނުނިޔަތް ލައިގެން އުޅޭ ބަޔަކު ނޫޅެއެވެ. ރާއްޖެ އަތްދަށުލާ ރާއްޖޭގެ މައްޗަށް އަތްގަދަ ކުރާން އުޅޭ ބަޔަކު ވެސް ނޫޅެއެވެ.

    އަނެއްކޮޅުން ރާއްޖޭގައި ދާހިލީ ހަމަ ނުޖެހުމެއް ނެތެވެ. ދިވެހި ދައުލަތުގެ ބާރު ނުފޯރާ އެއްވެސް ކަމެއް ރާއްޖޭގެ ބިމާ ކަނޑާ ވައިގައި ނުހިނގައެވެ. އަސްކަރީ ގޮތުންވެސް ރާއްޖޭގައި ވަކި ގައުމެއްގެ ވަކި ހާއްސަ ބާރެއް އަތްގަދަކޮށްފައެއް ނެތެވެ. އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމުގައި އިންޑިއާ އާއި ސްރީލަންކާއާއި ދިވެހިރާއްޖެ ފަދަ އިންޑިއާ ކަނޑު ހިއްސާކުރާ ގައުމުތަކުން ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އެއްބަސްވެ ތަންފީޒު ކުރެވޭ ރައްކާތެރިކަމުގެ ޓްރެޓީތަކަށް އިހުތިރާމްކޮށް އެއްގައުމު އަނެއް ގައުމަށްދޭ އެއްބާރުލުން ދިނުން ނޫން ކަމެއް ހިނގަނީއެއް ނޫނެވެ. ނާޖާއިޒު އެއްވެސް ކަމެއް ނުހިގަައެވެ. ޒަމާނުއްސުރެ އަވަޢްޓެރި އެއްވެސް ގައުމަކާއެކު ހިންގާ ގާތްގުޅުމެއްގެ ސަބަބުން ގައުމުގެ އަކަ އިންޗިއެއްވެސް ރާއްޖޭގެ ބާރު ނުފޯރާ ގޮތަށް އޮތީއެއް ނޫނެވެ. 

    ޑރ. ޝަހީމުމެން މުއިއްޒަށް ވެރިކަން ހޯދާދީގެން ރާއްޖެއަށް ދެން ހޯދަދޭން ތިޔަ އުޅެނީ ކޮން މިނިވަންކަމެއް ކޮން އިސްތިގުލާލެއް ހެއްޔެވެ. ދައުލަތް ހިންގުމުގެ ބާރު ތިމާމެނަށް ނުލިބިގެން އުޅުނެއް ކަމަކު ތިޔައީ ފުކެއް ބޮޑުވަރެވެ. ރާއްޖޭގެ ވެރިކަމުގައި މިހާރު ތިބީވެސް ދިވެހިންނެވެ. އިއްޒަތާ ވެރިކަން ދެއްވާ ފަރާތުގެ ޒާތުފުޅަށް ގޮންޖަހާ ރައްޔިތުނަށް އޮޅުވާލަން މިނިވަންކަމޭ ސިޔާދަތޭ ނުކިޔާ މައިން މަގަށް ލައްގަޅޭ ކިޔަން ވެލިރާޅުފަށުގައި އިނަސް މަތާހިރުވާނެއެވެ. ތިޔައިއްޔަކީ އިލްމުވެރިންނޭ ކިޔާ މީހުން އުޅެންވާވަރުގެ ގޮތްގޮތެއް ނޫނެވެ.

    ]]>
    Sat, 02 Sep 2023 15:34:42 +0500 ހީރަސްނިއުސް
    ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ: ޕޮލިސް https://heerasnews.com/1793 https://heerasnews.com/1793 ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި، ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓް ލުމުގެ ހައްގު ގެއްލިގެންދާކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ އަކީ  އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

    ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ވަކި ވަކި ފުލުހުން ދާންޖެހޭ ތަންތަން ކުރިއާލާ ކަނޑައެޅި އެ ތަންތަނުގައި އެ ތަންތަނަށް ދާ ފުލުހުން ރީ ރަޖިސްޓަރީ ކުރެވިގެން ފުރިހަމަ އިންތިޒާމް ތަކެއްގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކޮށްދެއެވެ. އެހެންކަމުން، އޮޕަރޭޝަން ގައި ޑިޕްލޯއި ކޮށްފައިވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެކަމުގެ ޔަގީންކަން ދޭކަމަށް ޕޮލިސް މީޑިއާއިން ކަށަވަރުކޮށް ދެއެވެ. 

    ]]>
    Sat, 02 Sep 2023 10:33:26 +0500 ހީރަސްނިއުސް
    ކުރެންދޫ ޑިމޮކްރަސީއަށް ފައްކާވެފާ https://heerasnews.com/1791 https://heerasnews.com/1791 ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް ސޯލިހާއި މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެއް ވަގުތެއްގައި ޅ. ކުރެންދު އަށް މިއަދު ވަޑައިގަތުމުން ކުރެންދޫން ދެއްކީ އެރަށު ރައްޔިތުން ޑިމޮކްރަސީއަށް ތަސައްރަފު ފުދިފައި ތިބިވަރެވެ. 

    ޅ. އަތޮޅުގެ ރައީސާއި މުއިއްޒު ވެސް ފެއްޓެވީ މިއަދު ހެނދުނެވެ.ކުރެންދު އަށް ފުރަތަމަ ވަޑައިގެންނެވީ ރައީސް ސޯލިހެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔަން ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދިގު ސަފެއް ހެދި އެވެ.

    މުއިއްޒު ކުރެންދު އަށް ވަޑައިގަތީ އެ ރަށުގެ ޔޫތު ސެންޓަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަޕޯޓަރުންނާއި ބައްދަލު ކުރައްވަމުން ގެންދަވަނިކޮށެވެ. މުއިއްޒަށް މަރުހަބާ ކިޔަން ވެސް ކުރެންދޫން ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވިއެވެ.

    ޕީޕީއެމްގެ ކުރެންދޫ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު މުއިއްޒު ވަޑައިގަތީ މެންދުރުގެ ކެއުން ހަމަޖައްސާފައި އޮތް އެ ރަށު ޕްރީ ސްކޫލަށެވެ.

    އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، ކުރެންދޫގެ އާ އިންޖީނުގެ އާއި ފެނަކައިގެ އާ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

    ރައީސް އެ ދެ ރަސްމިއްޔާތަށް ފަހު، ވަޑައިގަތީ، ޕީޕީއެމް ކެންޑިޑޭޓް ވަޑައިގެން ހުންނެވި ޕްރީ ސްކޫލާ 100 ވަރަކަށް ފޫޓު ކައިރީގައި ހުންނަ ފެނަކައިގެ ކުރީގެ އޮފީހަށެވެ. އެ މަނިކުފާނުގެ ފަރިއްކޮޅު އޮތީ އެ ތަނުގައެވެ.

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނުގައި ބައެއް ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން އަޑުގަދަކޮށް، ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގިޔަސް އެފަދަ މަންޒަރެއް ކުރެންދޫއަކުން ނުފެނެއެވެ.

    ޕީޕީއެމްގެ ކެންޑިޑޭޓާއި ސަޕޯޓަރުން މެންދުރު ފަރިއްކުޅުވުމަށް ޖަމާވެ ތިއްބެވި ޕްރީ ސްކޫލްގެ ކުރިމަތިން، އެމްޑީޕީގެ ސަޕޯޓަރުން ހިނގާފައި ފެނަކައިގެ ކުރީގެ އޮފީހަށް މެންދުރު ފަރިއްކޮޅަށް ޖަމާވަމުން ދިޔަ އިރު ވެސް އެއް ބަޔަކު އަނެއް ބަޔަކާ ދިމާލަށް ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

    ]]>
    Fri, 01 Sep 2023 18:45:04 +0500 Chief Editor
    ދަރަވަންދޫން މުއިއްޒު ލަދު ގަންނަވަލައިފި https://heerasnews.com/1786 https://heerasnews.com/1786 ތާއީދު ހޯދުމަށް ޕީއެންސީ- ސަލަފު ކެންޑިޑޭޓް މިއަދު މެންދުރުފަހު ދަރަވަންދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔާނެ ބަޔަކު ނެތިގެން އެރަށަށް ފައިބާ ވަޑައިނުގެން މުއިއްޒު ފުރާ ވަޑައިގެންފިއެވެ. ޑރ. މުއިއްޒަށް މަރުހަބާ ކިޔަން އެ ރަށުން ނިކުމެ ތިބީ އެންމެ ނުވަ މީހުން ކަމަށް އެރަށުން މައުލޫމާތު ލިބިފައިވެއެވެ. މުއިއްޒަކީ ދަރަވަންދޫ ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ބޭފުޅެއްކަން މިއަދުގެ ހާދިސާއިން ވެސް ވަރަށް ރަނގަޅަށް ސާފެވެ.

    ދަރަވަންދޫ ރައްޔިތުންގެ ބިމުން އެއްވެސް ސަރުތަކާ ނުލާ 13ގެވަޅު މާފިލާފުށި ބަޔަކަށް ދޭން ނިންމީ ކާކުކަށް ހަދާނެއް ނުނެތޭނެ ކަމަށް ދަރަވަންދޫ ރައްޔިތުން ބުނެއެވެ.

    ޑރ. މުއިއްޒަކީ އޭނާގެ ހައުސިންގ މިނިސްޓަރުކަމުގައި ޅ. މާފިލާފުށި ހުސް ކުރުމަށްޓަކާ މާފިލާފުށިން ގެވަޅުދީ ފައިވާ ފަރާތްތަކަކަށް ދަރަވަންދޫން 13 ގެވަޅު އެރަށުގެ ރައްޔިތުންނާ ދެކޮޅަށް ދިނުމަށް މަޖުބޫރު ކުރުވި މީހެކެވެ. ދަރަވަންދޫ ރައްޔިތުންނަށް ގޯތި ނުލިބި އެތައް ޒަމާނެއް ވެފައިވަނިކޮށް މާފިލާފުށީން ބަދަލުކުރާ 13 ގެވަޅު ދަރަވަންދޫން ދިނުމަކީ އެރަށު ރައްޔިތުން ވަރަށް ބޮޑަށް ދެކޮޅުހެދި ކަމެކެވެ. ދަރަވަންދޫން 13 ގެވަޅު ދިނުމާ ދެކޮޅަށް ދަރަވަންދޫ ރައްޔިތުން ވަނީ ސިލްސިލާ މުޒާހަރާތަކެއްކޮށް އެކަން ހުއްޓުވާފައެވެ.  

    ]]>
    Wed, 30 Aug 2023 17:36:44 +0500 ހީރަސްނިއުސް
    ގޯތި ދެނީ ނުހިއްކާ އޮތް ބިމަކުން ނޫން https://heerasnews.com/1783 https://heerasnews.com/1783 ބިންވެރިޔާ ސްކީމްގެ ދަށުން  ގޯތި ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރުވާ ރަޖިސްޓްރީ ހަވާލު ކުރަނީ ބިން ކަނޑައި ގޯތީގެ ބިން ވަކިކޮށް ފާހަގަ ކޮށްފައެވެ. ގޯތި ދެނީ ނުހިއްކާ އޮތް ބިމަކުން ނޫނެވެ. ރަޖިސްޓްރީ ލިބުމާއެކު އެ މީހަކަށް ގޯތި ފެންނަން އޮންނާނެއެވެ.

    އެންމެ ފުރަތަމަ ގޯތިތައް ދީފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތަކުގެ ބިތްދޮށުގައި އޮންނަ ހުސް ބިމުންނެވެ. އެއީ 1،200 އަކަފޫޓުގެ 13 ގޯއްޗެވެ.

    ރަޖިސްޓްރީ ހަވާލުކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހުޅުމާލޭ ސިންތަޓިކް ޕާކްގައެވެ. ގޯތި ލިބިފައިވާ އެންމެންނަށް ގޯތި ދީ ނިމެންދެން ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ ދޫކުރުން އޮންނާނެއެވެ. 

    ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ކެންޑެމުން ރަޖިސްޓްރީ ހަވާލު ކުރެވެމުން ގެންދެވޭނީ ހިއްކަފައިވާ ބިމުންނެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެކެވެ. އިތުރު ސުވާލެއް ނުއުފެއްދޭނެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ރަޖިސްޓްރީއެކެވެ. ގޯތިތައް ރަޖިސްޓްރީ ކޮށްދެމުން ދަނީ އެގްރިމެންޓާ އެެއްގޮތަށެވެ. ރަޖިސްޓްރީތައް މޮޓޮރައިޒްކޮށް ދެއްވަނީ ގާނޫނީ ވަކީލުންނެވެ.

    އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބުނު މީހާ ނޫން އެހެން މީހަކު ފޮނުވާ ނަމަ "ގެދޮރުވެރިން ޕޯޓަލް"ގައި އެޓޭޗްކޮށްފައިވާ "ޕަވާ އޮފް އެޓާނީ" ފުރިހަމަކުރުމަށް ފަހު ސޮއިކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ މީހަކާ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރެވޭ ގޮތަށް ކަންކަންވަނީ ރަނގަޅަށް އިންތިޒާމު ކުރެވިފައެވެ. ގޯތި ހަވާލު ކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވަރ އޮފް އެޓާނީ "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެއެވެ.

    މާލޭ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބިން ދޭން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުނަގައި ވަނީ ނިންމާފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވެއެވެ. އެ މީހުނަށް ދޫކުރަނީ 9،003 ގޯއްޗެވެ.

    ]]>
    Mon, 28 Aug 2023 12:47:15 +0500 ހީރަސްނިއުސް
    ޔާމީނަށް އިންޑީއާ އައުޓް & މުއިއްޒަށް އިންޑިއާ ފަސްޓް https://heerasnews.com/1779 https://heerasnews.com/1779 ކިހާ ރީތި ހެއްޔެވެ. މުއިއްޒަށް އަދި މި އުޅެވެނީ ވެރިކަމުގެ ކުޑަބޭރު ނޭރިގެނެވެ. މިހާ އަވަހަށް ވާހަކައިގެ ރާގު ބަދަލުވީއެވެ. މުޅި ޕީޕީއެމްގެ ރޫހާ ހިލާފަށް އިންޑިއާ އޯކޭވީއެވެ. 

    ފަށުވި އިބާރާތުން ޕީޕީއެމްގެ މޭގަނޑުގައި ކޮޅުފައިން ޖެހީއެވެ. މުއިއްޒު ވެރިކަމެއްގައިވެސް އިންޑިއާ ފަސްޓް ސިޔާސަތު ދަމަހައްޓާނެ ކަމަށް ބުނެ ވައުދު ވީއެވެ. އިންޑިއާ ސިފައިންނާ އުތުރު ތިލަފަޅު ބޭހާއި ހެލްކޮޕްޓަރ ވެސް އޯކޭވީއެވެ. 

    ރާއްޖޭގެ މިނިވަންކަން ގެއްލޭތީ ފަޔަށް ހިނިއަރައިގެން ލީހާ ހަޅޭކަކީ ހަގީގަތެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށްވެ ނިމުނީއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބިއްޔާ ސުލްހަވެރިކަމާއެކު ބާލާ އިންޑިއާ ފަސްޓް ސިޔާސަތު ދަމަހައްޓާނެ ކަމަށް މުއިއްޒު ބުނުމުން ޕީޕީއެމްގެ މޭގަނޑު ކުދިކުދި ވެއްޖެ ކަހަލައެވެ. 

    ދިވެހި ސަރުކާރުން މިހާރަކު ވެސް އިންޑިއާ މިލިޓަރީ ބޭހެއް ހަދާ ދިވެހި ރާއްޖޭގެ މިނިވަންކަން ވިއްކަލައިގެނެއް ނޫޅެއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެގެން ނުބޭލިގެނެއް ނޫޅެއެވެ. ދިވެހި ސަރުކާރުން ދަމަހައްޓަމުން އައީ އަވައްޓެރި ގައުމުތަކުގެ ސަލާމަތާ ރައްކަތެރި ކަމުގެ ގޮތުން ބައިނަލްއަގުވާމީ ގާތް އެކުވެރި ގުޅުމެކެވެ. އެއްވެސް އިރަކު ރާއްޖެ އަޅުވެތި ކުރުމަކަށް އިންޑިއާ ނޫޅެއެވެ. އަޅުވެތިވެ ގަތުމަކަށް ރާއްޖެއަކުން ވެސް ނޫޅެއެވެ. ބާއްވަމުން އައީ އެކުވެރި ރަހުމަތްތެރި ވުމާ ރައްކާތެރި ކުރުމުގެ މުގައްދަސް ގުޅުމެކެވެ. މުޅި މަންޒަރު ބަދަލުކޮށް ތަސަައްވަރު ކިލަނބު ކުރީ ބަޔެއްގެ ސިޔާސީ ބޭނުމުގައެވެ. 

    ޕީޕީއެމްގެ މައުސޫމް ރައްޔިތުން އިންޑިއާ އައުޓުގައި ޖައްސައިގެން އެތައް އެތައް އަނިޔާއަކާއި އުދަގުލެއް ތަހައްމަލު ކުރުވީ ޕީޕީއެމް ލީޑަރޝިޕުންނެވެ. އަދިވެސް މުޅި ޕީޕީއެމް އޮތީ އިންޑިއާ އައުޓް ރޫހުގައެވެ. މިހުރިހާ ދުވަހު ޕީޕީއެމްގެ ބަޔަކު މަގުމައްޗަށް ނެރުވާ ގަނަތެޅުވީ އިންޑިއާ އައުޓޭ ކިޔައިގެންނެވެ.  

    ކުއްލިއަކަށް ޑރ. މުއިއްޒަށް އިންޑިއާ ފަސްޓް ވެއްޖެއެވެ. ރަނެއް މަލެއް ފަދަ އެކުވެރި އޯގާތެރި ތަނަކަށް އިންޑިއާ ވެއްޖެއެވެ. ރައީސް ޔާމީނު ގެންގުޅުއްވި އިންޑިއާ އައުޓު ޕޮލިސީއަކީ ކަމުނުދާ ޕޮލިސީއަކަށް މުއިއްޒަށް ވެއްޖެއެވެ. އިންޑިއާގެ ރުހުން ހޯދުމަށްޓަކާ މިހާ އަވަހަށް މުއިއްޒު ސްޓޭންޑް ބަދަލުކޮށްލީއެވެ. މުއިއްޒަށް ޕީޕީއެމް މެންބަރުންނާއި ރައީސް ޔާމީނުގެ އިންޑިއާ އައުޓު ޕޮލިސީ ކަމަކު ނުދިޔައެވެ.

    ]]>
    Sun, 27 Aug 2023 17:01:38 +0500 ހީރަސްނިއުސް
    ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަނީ https://heerasnews.com/1777 https://heerasnews.com/1777 ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަނީއެވެ. އެކަން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވަނީ ކަށަވަރުކޮށްދީފައެވެ.

    ބިންވެރިޔާ ސްކީމްގެ ދަށުން 9001 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ގޯތި ހިމެނެއެވެ.

    ކުރިން ހަމަ ޖެހިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހު ރަޖިސްޓްރީ ހަވާލުކުރަން ފެށުމަށެވެ. އިދާރީ ބައެއް މަސައްކަތް ނުނިމޭތީ ރަޖިސްޓްރީ ހަވާލުކުރުން މާދަމާއަށް ވަނީ ލަސްކޮށްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާ ވަނީ ގުރުއަތުލުން ވަނީ ނަގާ ނިމިފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. 

    ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ ވަކި އިދާރާއަކަށް ދެވޭގޮތަށް ޤަވާއިދު ބަދަލުކޮށް ރައްޔިތުން ބިންވެރިކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ސަރުކާރުން ދަނީކުރަމުންނެވެ. ވަކި ސަރަޙައްދެއް ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއަކުން ރަޖިސްޓްރީގެ ކަންކަން ހަމަޖެއްސޭ ގޮތަށް މިހާރު ގަވައިދުވަނީ ބަދަލުކޮށްފައެވެ. އައު ޤަވާއިދު ބުނާގޮތުން ނުހިއްކާތަނަކުންވެސް ނުވަތަ އިން ނުކަނޑާތަނަކުންވެސް ގޯތި ދީ ރަޖިސްޓްރީ ހެއްދިދާނެއެވެ. ނުވަތަ ގޯތި ލިބޭކަމުގެ ލިޔުން ދެވިދާނެއެވެ.

    ]]>
    Sat, 26 Aug 2023 15:16:37 +0500 ހީރަސްނިއުސް
    ދައުލަތުގެ އެސެޓުން ޖީބު ފުރުން https://heerasnews.com/1773 https://heerasnews.com/1773 ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރައުސުލްމާލަކީ ބިމެވެ. ރިސޯޓުގެ ގޮތުގައާއި އެނޫން ގޮތް ގޮތަށް ވެސް ރާއްޖޭގެ ބިންބިމާއި ފަޅުފަޅާއއި ފަރުތައް ދަނީ ބޭނުން ކުރެވެމުންނެވެ. 99 އަހަރަށް ކުއްޔަށް ހިފާފައިވާ ތަންތަނާއި ވިހި ފަންސަވީސް އަހަރުން މައްޗަށް އެތައް އަހަރަކަށް ކުއްޔަށް ދީފައިވަނީ އެތައް ބައިވަރު ތަންތަނެވެ. 

    އިކްއިޒިޝަންގެ ގޮތުގައާއި ކުއްޔާ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ނޫން އެއްޗެއް ދައުލަތަށް އެތަން ތާކުން ނުލިބެއެވެ. ދައުލަތުގެ މިލްކިއްޔާތު ބޭނުންކޮށްގެން ކުޑަ މިންވަރެއްގެ ފައިސާކޮޅެއް ދައުލަތަށް ދީގެން މަލްޓި މިލިއަނަރުންނަށް ވަކިވަކި މީހުން ވަމުން އެބަދެއެވެ. ކަމަކީ ގޯސްކަމެއް ނޫނެވެ. ރަނގަޅު ކަމެކެވެ. ފޯރުންތެރި ތަނަވަސް ގިނަ ބަޔަކު އުޅުމަކީ ގައުމަށް ފައިދާ ބޮޑު ގޮތެކެވެ. އެހެނަސް މުޅި ގައުމުގެ ކޮންޓްރޯލު ވަކި ބައެއްގެ މުށުތެރޭގައި ތާށިވެ ދައުލަތުގެ ހަގީގީ ބާރު ކެނޑިގެން ދިޔުމުގެ ސަބަބަކަށް އެކަން އޮންނަނީ ވެފައެވެ. 

    ދިގު މުއްދަތަށް ދައުލަތުގެ މިލްކިއްޔަތު ބޭނުން ކޮށްގެން ކުރާ ކޮންމެ ވިޔާފާރިއެއްގައި ދައުލަތުގެ ހިއްސާ ނުއޮންނަ ގޮތަކަށް އެއްވެސް ކަމަކަށް ދައުލަތުގެ އެސެޓެއް ދޫވެފައި އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޕަބްލިކް ހިއްސާ ނުވާ ގޮތަކަށް އެއްވެސް ފަރާތަކަށް ދައުލަތުގެ މިލްކެއް ދޫކުރެވިގެން ނުވާނެ ކަމަށް ބައެއް މާހިރުން ބުނެއެވެ. ކުޑަކުޑަ އެންމެ މިސާލެކެވެ.

    މާލޭގައި ހިންގި ސެންޓްރަލް ހޮސްޕިޓަލް އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވަނި ނިސްބަތުން ދާދި ކުޑަކުޑަ ކުއްޔަކަށެވެ. ތަން އަޕްގްރޭޑްކޮށް ޒަމާނީ އާލާތާއެކު ވަރުގަދަ ހޮސްޕިޓަލެއް އެހެރަ ހިގަނީއެވެ. ބޮޑު ފައިދާގައެވެ. އެ ތަނުން ދައުލަތަށް ލިބެނީ ކުއްޔާއި ޓެކްސްއެވެ. އާސަންދައިގެ ހިދުމަތަށް އޮތީ ހުޅުވިފައެވެ. އުޑާ ވާހަކަ ގޮވާ ހިސާބަށް އިމާރަތްތައް އެޅި މިސަރަހައްދުގައި ނެތްވަރު ވަރުގަދަ ހޮސްޕިޓަލެއްގެ ގޮތުގައި އޭޑީކޭ އެހުރީ ދައުލަތުގެ އެސެޓެއްގެ މަތީގައެވެ. އެެހެނެކޭ ކިޔާ އެބިން އަތުލާ ހޮސްޕިޓާ ހުއްޓުވާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ދައުލަތަށް ޖެހެނީ އެކަން ކުރެވޭނެ ހުރިހާ ގޮތްތަކެއް ހަދާދޭށެވެ. އޭޑީކޭ ހޮސްޕިޓަލަކީ މިހާރު ޕަބްލިކް ހިއްސާ ކުރާ ދައުލަތުގެ ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދާން ޖެހެއެވެ. 

    ދައުލަތުގެ މިލްކިއްޔާތެއް ބޭނުންކޮށްގެން ހިންގާ އިންވެސްޓްމަންޓްތަކުގެ ކޮންޓްރޯލު ހިންގާ ފަރާތަށް ނުގެއްލޭ ވަރަށް ދައުލަތަށް ނުވަތަ ޕަބްލިކަށް ހިއްސާ ދީގެން ކުރިއަށް ގެންދިއުމުގެ އުސޫލެއް އެކަށަ އަޅާކަށް ނުވޭބާވައެވެ. އަމިއްލަ އެކި ފަރާތްތަކަށް އެކި ބޭނުމަށް ކުއްޔަށް ދީފައިވާ ހުރިހާ ބިމާ ފަޅާ ފަރާ ގުޅޭގޮތުން ދެވަނަ ވިސްނުމަކަށް ގޮސް ގާނޫނީ ހައްލެއް ހޯދައިގެން ދައުލަތުގެ އެސެޓްތަކުގެ ނާޖާއިޒު މަންފާ ހޯދުމުގެ ފުރުސަތު ބަންދު ކުރާކަށް ނުވޭބާވައެވެ. ހޮސްޕިޓަލެއް ކޮލެޖެއް ތެޔޮޝެޑެއް ރިސޯޓެއް ގެސްޓް ހައުސްއެއް ތަފާތު ނުވާ ގޮތަށެވެ.

    ]]>
    Fri, 25 Aug 2023 12:37:43 +0500 ހީރަސްނިއުސް
    ދެވަނަ ބުރަށްދާން ރައްޔިތުން ބޭނުމެއްނޫން: ރައީސް https://heerasnews.com/1770 https://heerasnews.com/1770 ކުރިއަށް އޮތް ތަނުގައި ވެސް ހިޔާލު ތަފާތުވުން ތަކަށް ޖާގަ އޮންނާނެ ކަމަށާއި ރުޅި އިސްނުކޮށް ވިސްނުން އިސްކުރުމަށް ވާދަ ވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޭގައި ރައީސް ވިދާޅުވީ ވެރިކަން ދެމިގެން ދިޔައީ ވައުދުތައް ފުއްދުމުގައި ދެމި ތިބުމާއި ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ޖާގަ ދިނުމުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

    ކޮންމެ ގޮތެއް ހަދައިގެން ވެސް އިންތިހާބު ދެ ވަނަ ބުރަކަށް ގެންދިއުމަށް މަސައްކަތްކުރާ ބަޔަކު އެބަތިބި ކަމަށާއި އެއިން ކޮންމެ މީހަކު ވެސް ބޭނުން ވަނީ އަމިއްލަ ފައިދާއަށް ކަންތައްތައް ކުރުން ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ. ވާދަވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ދަންނަވާލަން ރައީސް ބޭނުންފުޅުވެ ވަޑައިގަތީ ރުޅި އިސްނުކުރައްވައި ވިސްނުން އިސްކުރެއްވުމަށެވެ. އަދިވެސް ފުރުސަތު ނުގެއްލޭ ކަމަށާއި ވާދަކުރައްވާ ބޭފުޅުން އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ރައީސް އެދިވަޑައިގަތެވެ. 

    ދެ ވަނަ ބުރެއްގައި ކޯލިޝަން ހަދައިގެން ހޯދޭނީ ކޮން މަންފާއެއްތޯއާއި ލިބޭނީ ކޯއްޗެއްތޯ ހިސާބު ޖަހައިގެން ތިއްބެވި ބޭފުޅުއެ ވިސްނުން ދޫކޮށްލެއްވުމަށް އެދި ވަޑައިގަތެވެ. މި ފަހަރު ދެ ވަނަ ބުރަކަށް ރިޔާސީ އިންތިހާބު ގެންދާން ރައްޔިތުން ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ރުޅި އިސްކުރުން ތިރިކުރައްވައިގެން ވިސްނުން އިސްކުރައްވައިގެން ނުކުމެވަޑައިގެން އެންމެން އެކީގައި ކުރިއަށް ދާންވީ ވަގުތު އަނެއްކާ މި އޮތީ އައިސް ޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.

    ބޭކާރު ކަންތައް ދެން ނުކުރައްވާ ވަޑައިގެން ކުރިއެކޭ ވެސް އެއްގޮތަށް ގިނަ ބަޔަކު ހިމެނޭ ކޯލިޝަނަކާ އެކު ސަރުކާރެއް އުފައްދައިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ތައްޔާރުވުމަށް ރައީސް ނަސޭހަތްތެރިވެ ވަޑައިގަތެވެ. 

    ]]>
    Thu, 24 Aug 2023 10:47:41 +0500 ހީރަސްނިއުސް
    ރައީސް ފުޅަދޫ ރައްޔިތުން ހެއްވާލައިފި https://heerasnews.com/1762 https://heerasnews.com/1762 ޒަމާނުއްސުރެ ކުޑަކުޑަ އާބާދީއެއް އޮންނަ ފުޅަދުއަކީ ހޮސްބަރގް އަތޮޅުގެ ނަމުގައި ޖިއޮގްރަފީގޮތުން ދުނިޔޭގެ ޗާޓްގައި ފާހަގަ ވެފައި އޮންނަ ގުދުރަތީ ވަކި އަތޮޅެއްގައި ހިމެނިފައި އޮންނަ އެއްރަށެވެ. ސިޔާސީ ގޮތުން މާޅޮސް މަޑުލު ދެކުނު ބުރީގެ ބައެއްގެ ގޮތުގައި މީހުން ދިރިއުޅޭ ތިން ރަށެއް އެއްފަޅެއްގައި ހިމެނޭ "ފަޅުތެރެ"އަށް ނިސްބަތްވާ މާޝްހޫރު ގޮއިފުޅަފެހެންދޫގައި ހިމެނޭ ތިންރަށުން އެއްރަށެވެ.

    ރަށާމެދު ރަށުގެ ރައްޔިތުން އެކިވަރުގެ އުންމީދުތައް ކޮށް އުންމީދު ކެނޑި މާޒީ އަސަރު ގަދައެވެ. ހިއްޗެވެ. ބައިމަދު ފެންލޮނު ލަފާފުރުން ދަތި ރަށަކަށް ލެއްވުމަކީ ރައްޔިތުމީހާގެ ކުށެއް ނޫނެވެ. ގެއްލި އުވިދިޔަ މާޒީގެ ހިތި ހަނދާންތަކާ ކުޅަ ތަޖުރިބާތަކުން ނެއްޓި މިނިވަން އިންސާނަކަށް ފުޅަދޫ ރައްޔިތުން މިއަދު ބަދަލު ކޮށްލީ ހެޔޮވެރިއެއްގެ ހެޔޮކަމެވެ. ހެޔޮ ވިސްނުމެވެ. ގެނެވޭ ހެޔޮ ބަދަލެވެ. 

    ފުޅަދޫގެ ޒުވާނެއް ކަމުގައިވާ މުހައްމަދު ޝާނީޒު ބުނިގޮތުގައި ހަދާން ވާންފެށީއްސުރެ ފުޅަދުއަކީ އެއްވެސް ސަރުކާރަކުން ސަމާލުކަން ދީފައިވާ ރަށެއްކަމުގައެއް ނުވެއެވެ. ރަށައް އަރާ ފޭބުމަކީ އެންމެ ބޮޑު އެއް ތަކުލީފުކަމުގައި ޝާނީޒް ސިފަކުރިއެވެ. ރަށަށް ދެވެނީ ގޮއިދޫ ނެރުން ވަދެވޭ ވަރުގެ ދިޔަވަރެއް އޮތިއްޔާ އެގޮތަށް ގޮއިދޫ ނެރަށް ވަދެގެންނެވެ. ޓޫޓީ އިންޖީނުއެޅި ކުޑަދޯނި ގަނޑަކަށްވެސް ދިހަބާރަތާ ބީހިނުލާ ގޮއިދޫ ނެރުން ވަދެގެން ރަށު ގޮނޑުދޮށަށް ކައިރިކޮށް ނުލެވެއެވެ.  ދިޔަވަރު ހިކުނަސް ގޮއިދޫ ނެރުމަތި ކުޑަކޮށް ގަދަވެ ލިޔަސް އޮޑިދޯނިފަހަރު ފަޅައް ވަންނަންޖެހެނީ މާ ދުރުގައި އޮންނަދޮރު ކަނޑުންނެވެ. ރަށައް ފައިބަން ޖެހެނީ ޑިންގީއެއްގައި ނޫނީ މޫދައް އެރިގެންނެވެ.

    މުދާގެންނަން ދާ ހަރަދު ބޮޑުވެގެން ދާންޖެހޭ މައިގަނޑު ސަބަބެއްކަމުގައި ވަނީ ސީދާ ރަށައް މުދާ ނުބޭލޭތީވެއެވެ. ނަމަވެސް މިސަރުކާރުން ވަރަށް ގާތުން ފުޅަދޫ ރައްޔިތުންގެ އަޑުއަހާ މިވަނީ އެންމެ ފުރިހަމައައް ބަދަރެއް އަޅާދެއްވާފަކަން ޝާނީޒް އުފަލާއެކު ފާހަގަކުރެއެވެ. މުހައްމަދު ޝާނީޒު އިތުރަށް ފާހަގަ ކުރެއްވި އަނެއް ކަމަކީ ރަށުގެ އަވަށު ތެރޭ ހުރި އިންޖީނުގޭގެ ވާހަކައެވެ. އަޑު ގަދަވުމުގެ ސަބަބުން ކައިރީގައި ވަށައިގެން ހުރިގޭގޭ މީހުންނައް ހަމަ ނިދި ނުލިބޭ ވާހަކައެވެ. އިރު އިރު ކޮޅާ ކަންރަންޓު ކެނޑުމުގެ  ސަބަބުން އެތައްބައެއްގެ އަގު ހުރި ތަކެތި ހަލާކުވެއެވެ. ނަމަވެސް މިކަމަށް ވެސް މި ސަރުކާރުން ހައްލެއް ހޯދާދިނުމުގެ ގޮތުން މީހުން ދިރިއުޅޭސަރަހައްދާ މުޅިން ވަކިން ފެނަކައިގެ އާއިމާރާތެއް އަޅުއްވާދެއްވާ ހިދުމަތް ދޭން ފެށުމަކީ އެތަކެއް ރައްޔިތުންނައް ލިބުނު ލުއިފަސޭހައެއްކަން ޝާނީޒް އުފަލާއެކު ފާހަގަ ކުރިއެވެ. އޭގެ އިތުރުން ނަރުދަމާގެ މަސައްކަތްވެސް މިހާރު ދަނީ ކިރިއަށް ކަމަށް އޭނާ މައުޅުމާތުދިނެވެ.

    މިކަން މިހެން އޮއްވާ އަނެއްކާވެސް އިތުރު ވައުދުތަކެއް ވެވަޑައިގެން ރައީސް ކަންތައްތަކެއް ކޮއްދެއްވާނެ ކަމުގައި ފުޅަދޫގެ ރައްޔިތުންނަށް  ރައީސް ވަނީ އިއުލާން ކުރައްވާ ޔަގީންކަން ދެއްވާފައެވެ. އިންޑޯ ވޮލީ ކޯޓަކާ، ވޭސްޓްމެނޭޖްމެންޓް ސެންޓަރަކާ، ފަޅުތެރޭގައި ރިސޯޓަކާއި ފްލޯޓިން ޖެޓީއެއް އަޅާ އެކޮމަޑޭޝަން ބްލޮކެއް ވެސް އަޅާދެންވާނެކަމަށް ވައުދުވެވަޑައިގަތީއެވެ. ރައީސް ސޯލިހު ވައުދު ފުއްދަވާނެ ކަމަމެދަކު ފުޅަދޫ ރައްޔިތުން ޝައްކެއް ނުކުރެއެވެ. ރައީސް ސޯލިހަށް ރައްޔިތުންގެ އިތުބާރު އެބަ އޮތެވެ. ކުރީގެ ސަރުކާރުތަކުން މިކަހަލަ ކުދި ރަށްރަށައް އިހުމާލުވެފަިވިއަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފުޅަދޫގެ ރައްޔިތުން އެތިބީ ހެއްވާލާފައެވެ.

    ]]>
    Tue, 22 Aug 2023 12:50:34 +0500 ޒުރޫ
    ޔާމީނުގެ ބަދަލުގައި މުއިއްޒު ނޫންގޮތެއް https://heerasnews.com/1761 https://heerasnews.com/1761 2013އިން ފެށިގެން 2018 އާއި ހަމައަށް އޮތް އަނިޔާވެރި ސަރުކާރު ނިމި އާދައުރެއް ފެށިގެން ދިއައެވެ.2018ގައި ފެށިގެން 2023ގައި ނިމިގެން މިދާ ސަރުކާރުގެ ދައުރަކީ ދިވެހިންނައް އުފާ ފާގަތިކަން ލިއްބައިދިން ދައުރެކެވެ. 

    ކޮވިޑުގެ ދަތިހާލުގައި ވެސް ގައުމު ނަގާ ކޮޅައްޖެއްސެވީ މުއިއްޒު އެއް ނޫނެވެ. ޒަމާނުއްސުރެ އެތައް ނިކަމެތި ރައްޔިތުންނެއް އިންތިޒާރު ކުރަމުން ދިއަ ބޯހިޔާވަހިކަމުގެ އުއްމީދުގައި ކުލަ ޖައްސައި ދެއްވީ މުއިއްޒު އެއް ނޫނެވެ.

    ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާ ނަރުދަމާ އަޅާދީ އެ ނިންމާ ލައްވަނީ މުއިއްޒުއެއް ނޫނެވެ. .އެތަކެއް ޒުވާނުން އުންމީދު ކުރަމުންއައި ފުޓްސެލް ދަނޑުތައް އެންމެ ފުރިހަމައަށް ނިންމާލަ ދެނީ މުއިއްޒުއެއް ނޫނެވެ.

    މާލޭގެ އެންމެ ކާރުބާރު ބޮޑު އެއްމަގު ކަމުގައިވާ އަމީނީ މަގުގައި ތާރު އަޅައި ނިންމާލަނީ މުއިއްޒު އެއް ނޫނެވެ. މަތިހަށި ނަގާފައި ހަދަން ނިކުތް މަޖީދީމަގު ދެކިފާ ގަތްބިރުން ހަވާލާ މަތިއެއްވަރު ކޮށްލާ ގައުއަތުރާ އިހުއޮތް ހާލަށްވުރެ މަޖީދީމަގު ހަލާކޮށްލީ ލިއެވެ. މާލޭ ދެކުނު ފަޅަށް ނެރެއް ކަނޑާ އެތައް އުޅަދެއް ފުޑާލީ އާޖުފާޖު ނޭނގޭ މޭޔަރ މުއިއްޒެވެ. މާލޭ ހުޅަނގު ބޭރުމަގު އުތުރަށް ވެލިއަޅާ އުސްކޮށް މާލޭ ހުޅަގުކޮޅަކީ ސްވިމިންގޕޫލަކަށް ހެދި ހޮޅި މުއިއްޒެވެ. މިހެން ގޮސް ކިތަންމެ ކަމެއް ކިޔާލަދެވި ދާނެއެވެ. އިތުރައް މުޅި މާލޭގައި މުއިއްޒު ލައްވާ ހޮޅިއަޅާކަށް ރައްޔިތުންނެއް ބޭނުމެއްނޫނެވެ.

    ހަގީގަތަކީ އިދިކޮޅުން ކިތަންމެ ވަރަކައް މުއައްޒު ނެރުވައިގެން ވޯޓު ހޯދުމަަށް ރައްޔިތުން ގާތައް އަޔަސް މިއަދު ރައްޔިތުން ތިބީ ގޮތް ނިންމައި ގެންނެވެ. ދެވަނަ ދައުރެއް އިބްރާހީމް މުހައްމަދު ޞާލިހް އަށް ދިނުމަށެވެ. ވަކި އާބާދީ އަކަށް ނުބަލާ ގައުމު ތަރައްގީ ކުރަން ވިސްނަވައިގެން މަސައްކަތް ކުރެއްވި އަދި ކުރައްވާނެ ރައީސް އަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްއެވެ.

    މުޅި ޖުމްލަކޮށް ބުނެލާނަމަ މުއިއްޒު އަކަށް އެއްކަމެއް ވެސް ނުކުރެވޭނެއެވެ. ހޮޅިހޮއްލަން މުއިއްޒު ވެރިކަމަށް ގެންނަން ބޭނުމެއް ނޫނެވެ. ޕީޕީއެމަށް ވެސް ބޭނުމެއް ނޫނެވެ.

    ]]>
    Mon, 21 Aug 2023 08:12:22 +0500 ޒުރޫ
    މެމްބަރު ޔާސިރު އަނެއްކާ އެމްޑީޕީ އަށް https://heerasnews.com/1750 https://heerasnews.com/1750 ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ދަ ޑިމޮކްރެޓްސް ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

    މެމްބަރު ޔާސިރު އެމްޑީޕީ އަށް ސޮއިކުރެއްވީ ސޯލްޓް ކެފޭގައި އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ޔާސިރު އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

    ޔާސިރުގެ އިތުރުން ކުޅުދއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ސިޓީ ކައުންސިލްގެ މެމްބަރުން ވަނީ މިރޭ ވަނީ ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީއާ ގުޅިވަޑަައިގެންފައެވެ. އެ މެމްބަރުން ގުޅިވަޑައިގަތުމާއެކު ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ ވަނީ އެމްޑީޕީ އަށް ލިބިފައެވެ.

    ޔާސިރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުން މިފަހުން އޭނާ ފެނިފައެއް ނުވެއެވެ.

    ޔާސިރު އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެެއް ކަން ފާހަގަކޮށްލެވެއެވެ. 

    ]]>
    Wed, 16 Aug 2023 03:48:27 +0500 ހީރަސްނިއުސް
    ޔާމީނުގެ ތޮބީއަތަކީ ލަނޑު ދިނުމާ އަނިޔާކުރުން https://heerasnews.com/1744 https://heerasnews.com/1744 ރައީސް ޔާމީންގެ ކަމަކީ މީހުންނަށް ލަނޑު ދިނުން ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ. އިމްރާން ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ވެސް އަދި ޖަލުގައި ހުންނަވައިގެންވެސް ރައީސް ޔާމީން ބައްލަވަނީ އެންމެނަށް ލަނޑު ދެވޭތޯ ކަމަށެވެ. 

    ތެދުފުޅެކެވެ. ޑރ. ވަހީދު މަގުމަތި ކޮށްލީ ރިޔާސީ ޓިކެޓްގެ ހުވަފެން ދައްކަވައިގެން އެއްމިލިޔަން ޑޮލަރު އަތުލާފައެވެ. ޑރ. ވަހީދު މެދުވެރިކޮށް ޕްރިންސް މުހައްމަދު އަތްޕުޅުން ޔާމީނު ހޯދި ފައިސާގެ ހިސާބެއް ނޭގެއެވެ.

    2013 ގައި ރަނިންގ މޭޓްކަން ދީގެން ވެރިކަމަށް އައުމަށް މުޅި ރާއްޖޭގައި ބުރަކޮށް މަސައްކަތް ކުރުވާފައި ވެރިކަން ލިބުމުން އިތުބާރުނެތް ކަމަށް ހަދާ ޑރ. ޖަމީލު ސައްޕުޖަހާ ބޭރުކޮށްލިއެވެ. އެމްއެމްޕީއާރުސީ ހިޔާނާތާގުޅިގެން  ޑރ. ޖަމީލު ގޮވިހާ ކުނިފުޅަ ޖަމީލުގެ އަނގަޔަށް ވައްދާ ޔާމީނުގެ ދިފާއީ ވަކީލަކަށް ހަދާ 2023ގެ ރަނިންމޭޓްކަންދީ ޅޮސް އުދޯއްޔަށް އަރުވާފައި ޕާޓީން ކެންޑިޣޭޓަކު ނުނެރެ ޑރ. ޖަމީލަށް ދިނީ ކެއްސެވެ.

    ޕީޕީއެމްގައި ޑރ. މުއިއްޒުގެ މަގުބޫލުކަން އިތުރުވެ ޕާޓީ އަތުލަފާނެތީ ހީލަތްތެރި ކަމާއެކު ޕީޕީއެމުން ޑރ. މުއިއްޒު ބޭރުކޮށްލީއެވެ. ޑރ. ޝަހީމަށް ދީގެން އުޅޭ ކެއްސެއްވެސް ލަހެއް ނުވެ ތިލަވާނެއެވެ.  

    ވެރިކަމުގައި ހުއްޓަސް ޖަލުގައި އޮތަސް މީހަކަށް ކެއްސެއް ނުދީ ޔާމީނަށް ލޮލުފިޔަ ނުޖެހެއެވެ. ޔާމީނު ކެހިދިން މީހުންގެ ލިސްޓް ކުރެއް ނޫނެވެ. ވެރިކަމަށް ގެނެސް ދިނުމަށް ހަރަދުކޮށް ބުރަ މަސައްކަތްކުރި ކުރަހާ ނަޖާހާއި އެމްވީކޭ ޝަފީގުމެންގެ ޒަމާން ދުއްވާލީ ކޮންފަދަ އަނިޔާވެރިކޮން ހެއްޔެވެ.  ޑރ. ޝަކީލާއަށް ދިން ކެހި ވަކީން ކުޑައެއް ނޫނުނެވެ. އެންމެ އަރިސް މިތުރު ނަމިރާ ނާޒިމަށް ދިން އަނިޔާ ދުވަހަކު ހިތަކުން ނުފިލާނެއެވެ. 

    އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާ އަރުވާލި ގާސިމް އަބްދުލް ކަރީމް ޖަލުގޮޅިގައި ބާއްވައިގެން ދިން އަނިޔާގެ ވާހަކަ އަކީ އަސަރުހުރި ވާހަކައެކެވެ. ކުރީގެ ޕީޖީ މުޖުތާޒު މުހުސިނާއި ގާޒީ ނިހާނު މަތިން ހަނދާން ނެތޭނެ ހެއްޔެވެ. އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާޙިމްގެ މަގާމު ގެއްލުވާލި ހުތުރު ގޮތާއި ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަހުމަދު ފާއިޒުގެ މަގާމު ގެއްލުވާލީ ކޮންފަދަ ގޮތްކުޑަ ގޮތަކަށް ހެއްޔެވެ. 

    ކާނަލް ނާޒިމު ފްރޭމްކޮށް ޖަލު ގޮޅިއަށް ވައްޓާލާ ދިން އަނިޔާގެ ވާހަކަ އައު ކުރާކަށް ނެތީމެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ ފްރޭމް ކުރުމާ އުއްތަމަ ފަނޑިޔާރު އަބްދުއްލާ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބަނޑު ބިންމަތީ ޖައްސާ އުލުބޭންދި އަނިޔާވެރި ގޮތް ސިފަވާ ކަހަލައެވެ. 

    މޭޑޭ އަބްދުއްލާ ރަޝީދުގެ މަރާއި ޝައިހު އިމްރާނަށް ޖަލުގައި ދެއްކި ހަސްކާގެ ވާހަކަ އިތުރަށް ދެއްކުމެއް ނެތެވެ. ފިނިފެންމާ ޑްރާމާގައި ގުރުބާންކުރި ސަލާމަތީ ބާރުގެ ސިފައިނަށް ދިން އުގޫބާބާތް ބަޔަކު ހަނދާން ނެތިދާނެއެވެ، 

    ޔާމީނު އަމިއްލައަށް އިސް ނަގައިގެން ދައުލަތް ދަވާލަން ރާވާ އެ މަގަށް ކަންކަން ބައްޓަންކޮށް ބައި އަޅައިގެން ބިލިޔަން ބިލިޔަނުން ދައުލަތް ދަވާލުމަށްފަހު އެކަން ކުރުވަން ހަވާލުކުރި އިސް ދެމީހުން ކަމަށްވާ އަދީބާ ޒިޔަތަށް ޖެއްސި ހާލު އެހުރީ ފެންނާށެވެ. 

    އާރާބާރު ހޯދާދިން ބަފާ ފަދަ ތުއްތު ދޮންބެ މައުމޫނާއި އޭނާގެ ދަރި ފާރިސާއި ނަދީމަށް ނުދެނީ ކޮން އަނިޔާއެއް ހެއްޔެވެ. މައުމޫނަށް އަތްގާތްކޮށްދޭން އުޅުނު މައުސޫމް ކުދިންނާއި ކާރު ޑްރައިވަރަށް ދާންދެން ޖަލަށް ލައިގެން ތެޅުވީ ލަދެއް ހަޔާތެއް ނެތިއެވެ. 

    މުއްސަދިކަމާއި ދަހިވެތި ކަމާހުރެ ޒަމާނުއްސުރެ ޔާމީނާ ހަސަދވެރި ހަތުރެއް ކަމަށް ޔާމީނު ދެކޭ ގާސިމް އިބްރާހީމަށް ޖެއްސި ހާލުގެ އިތުރަށް އޭނާގެ ދަރިފުޅަށް ޖަލުގައި ނުދެނީ ކޮން އަނިޔާއެއް ހެއްޔެވެ. ރައީސް ނަޝީދުގެ ބަންދުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އަނެއްކޮޅުން ރައްޔިތުން އިންތިހާބު ކޮށްފައިތިބި މެންބަރުން ފާރުމަތިން އުކާލާ ޖަލަށްލާ ގޮނޑިގެއްލުވާލި އަނިޔާވެރި ގޮތް އިމްރާނު އެ ވިދާޅުވާ ވާހަކަފުޅުގެ ހެއްކަކަށް ފުދެއެވެ.

    ]]>
    Sun, 13 Aug 2023 17:05:28 +0500 ހީރަސްނިއުސް
    އެސްޓީއޯ ބަންކަރިންގ ހިދުމަތަށް https://heerasnews.com/1739 https://heerasnews.com/1739 އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީ އެއް ތަރައްގީ ކުރުމަކީ ރައީސް ސޯލިހު ވަރަށް ބޯޑު އިސްކަމެއް ދެއްވައިގެން ދުނިޔޭގެ ފެންވަރުގައި ތަރައްގީ ކުރުމަށް ރާވާ ހިންގާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގެ ދަށުން ކުރެވޭ އެންމެ މުހިންމު އެއްކަމަކީ ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރުމެވެ.

    އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީގައި ބަންކަރިންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ އެންމެ އިތުބާރުހުރި ނަތީޖާ ނެރެދޭ ކާމިޔާބު ކުންފުނި އެސްޓީއޯއިންނެވެ. ބަންކަރިންގ ހިދުމަތް ދިނުމަށްޓަކާ އެސްޓީއޯއިން ވަނީ މެދުއިރުމަތީގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏަކާ އެކު އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ. އެސްޓީއޯއިން ސޮއިކުރީ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގް އާއި އެކުގައެވެ.

    10 އޮގަސްޓް 2023ގައި  ސޮއިކުރެވުނު މިއެއްބަސް ވުމުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ރޭވިފައިވާ ޕޯޓް ސިޓީގެ އެންމެ މުހިއްމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްެއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުމެވެ. އެސްޓީއޯއާއި އާބަކޮން އެއްބަސްވީ އެއްބަސް ވުމުގެ ދަށުން އެސްޓީއޯ އާއި އާބަކޮން ގުޅިގެން ބަންކަރިންގ އާއި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދާނެއެވެ.      

    އިހަވަންދިއްޕޮޅަކީ އިންޑިއާ ކަނޑުގައި އާގު ބޯޓު ފަހަރު އިރުމައްޗާއި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި އޮންނަ އޮންނަ އަތޮޅެކެވެ. ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ފަހަރު މިސަރަހައްދުން ހުރަސް ކުރެއެވެ.

    ދުނިޔޭގެ ބަންކަރިންގ އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އެހެންކަމުން އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ރާއްޖެއަށް ކުރާނެއެވެ. ހާއްސަކޮށް އެސްޓީއޯއަށް ބޮޑު މަންފާއެއް ލިބޭނެ ޕްރޮޖެކްޓަކަށް ބަންކަރިންގ ގެ ހިދުމަތް ވެގެން ދާނެއެވެ. އަނެއްކޮޅުން މިކަމުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ. ޝިޕިންގް އެޖެންސީ ތަކާއި ކްރޫ ޗޭންޖް އާއި ޝިޕް ޗޭންޑްލިންގް އާއި ޝިޕް ރިޕެއަރ ކުރުމުގެ އިތުރަށް ސްޕެއާރ ޕާޓްސް ފޯރުކޮށްދިނުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ފެންވަރުގައި ބަންކަރިންގ ގެ ތެރެއިން ލިބިގެން ދާނެއެވެ. 

    ]]>
    Sat, 12 Aug 2023 13:24:31 +0500 ހީރަސްނިއުސް
    ދާންދޫގައި ފެނުގެ ހިދުމަތްދޭން ފަށައިފި https://heerasnews.com/1733 https://heerasnews.com/1733 ހުވަދު އަތޮޅު އުތުރުބުރީ، ދާންދޫ ފެނުގެ ނިޒާމުގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. ދާންދޫ ފެނުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، މިހާރު އެ މަނިކުފާނު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މިއަދު ހެނދުނުއެވެ. 

    މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގުނު މަޝްރޫއެކެވެ. ޓްރިވެނީ އިންޖިނިޔަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ޙަވާލުކޮށްގެން ނިންމާފައިވާ މިމަޝްރޫއުގެ އަގަކީ 3،118،271.96 ޑޮލަރއެވެ.

    ދާންދޫ ފެނުގެ ނިޒާމުގެ މަޝްރޫޢުގެ ދަށުން ބޯ ހޯލް ހެދުމާއި، ރެއިން ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، އާރް.އޯ ޕްލާންޓް އިންސްޓޯލް ކުރުން ހިމެނެއެވެ.‏

    ފެނުގެ ނިޒާމަކީ އަސާސީ ހިދުމަތްތައް ކަށަވަރުކޮށް ދެއްވުމަށް ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކޮށް ރައީސް ސޯލިހު ކުރިއަށް ގެންދަވާ ގައުމީ ސިޔާސަތުގެ ތެރެއިން ދާންދޫގައި ހާސިލް ކުރެވުނު ކާމިޔާބީއެކެވެ. އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

    އެގޮތުން ރައީސް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގާ އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.
    ރައީސް ޞާލިޙް ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުމެވެ.

    ]]>
    Thu, 10 Aug 2023 15:15:45 +0500 ހީރަސްނިއުސް
    އުފާވެރި އަމާން ރާއްޖެ: ހިޔާވަހި ކަމުގެތެރެއިން https://heerasnews.com/1724 https://heerasnews.com/1724 އުފާވެރި އަމާން ރާއްޖެ މެނެފެސްޓޯގައި މުހިންމު ސިޔާސަތު ތަކެއް އެކުލަވާލައި ރައީސް ސޯލިހުގެ ދެވަނަ ދައުރުގެ މެނެފެސްޓޯ އިއުލާނު ކުރައްވަން ފައްޓަވައިފިއެވެ. އެގޮތުން ހިޔާވަހި ކަމާ ގުޅޭގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަން:

    • ގެދޮރު އިމާރާތް ކުރުމަށް ލޯނު ދޫކުރާނެ ހާއްސަ ބޭންކެއް ގައިމުކުރުން
    • ދިރިއުޅުމުގެ ބޭނުމަށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ހޯދުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 އިންސައްތައަށްވުރެ މަތިނުކުރުމާ 10 ޕަސަންޓް އިކުއިޓީގައި ލޯނު ފޯރުކޮށްދިނުން
    • ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު 1 މިލިއަން ރުފިޔާއަށް އިތުރުކުރުން
    • ލުއިފަސޭހަ ނިޒާމަކުން ލޯނު ލިބޭނެ މަގު ތަނަވަސް ކުރުން
    • ގެދޮރުވެރިކުރުވުމާއި ބިންވެރިކުރުމުގެ ސިޔާސަތު މުޅި ރާއްޖެއަށް ފުޅާކުރުން
    • ބިން ދަތި ރަށްރަށުގައި ބިން އިތުރުކުރުން
    • ބިން ދަތި ރަށްރަށުގައި ހައުސިންގް ޔުނިޓްތައް ގާއިމުކުރުން
    • ފުދުންތެރިކަން ކުޑަ ފަރާތްތަކަށް ކައުންސިލް ހައުސިންގް ތައާރަފްކުރުން
    • އަތޮޅުތެރޭގައި ހުހަށް ހުންނަ ގޯތިގެދޮރުގެ ވެރިފަރާތުން ބޭނުންވާ ގޮތަކަށް އެ ތަންތަނުން ނަފާ ލިބޭނެ ގޮތް ފަހިކުރުން
    • ރިއަލް އެސްޓޭޓް މާކެޓް ރެގިއުލޭޓްކޮށް
    • ކަނޑައެޅޭ މިންގަނޑަށް ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރާ ފަރާތްތައް ސަރުކާރުން ސެޓިފައިކޮށްދިނުން
    • ބޯހިޔާވަހިކަން ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުކޮށް ދިނުން. 
    ]]>
    Tue, 08 Aug 2023 13:29:32 +0500 ހީރަސްނިއުސް
    ރައީސް ސޯލިހު ރިޔަސީ އިންތިހާބަށް ކުރިމަތި ލައްވައިފި https://heerasnews.com/1717 https://heerasnews.com/1717 ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ. މިއަދު ހެނދުނު އީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ފޯމު ހަވާލުކޮށްދެއްވެވީ އިންތިހާބީ އެޖެންޓް މުހައްމަދު ނާޝިޒްއެވެ. އީސީން ފޯމާއި ހަވާލުވެވަޑައިގެންނެވީ އީސީގެ ރައީސް ފުއާދް ތައުފީގެވެ.

    އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

    އެމްޑީޕީގެ ޓިކެޓު ރައީސް ސޯލިހް ކަށަވަރު ކުރެއްވީ އެ ޕާޓީން ބައިވެރިވި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ. އެ ޕްރައިމަރީގައި ރައީސް ސޯލިހް ވަނީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ބޮޑުތަނުން ބަލިކުރައްވާފައެވެ.

    ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ 2 ޖަހާއިރު ހަމަވާ އިރު އެންމެ ފުރަތަމަ، ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އެކަންޏެވެ. އެ މަނިކުފާނުގެ ކެންޑިޑެސީ މިހާރުވަނީ ސުޕްރީމް ކޯޓުން ބާތިލިކޮށްފައެވެ.

    މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ފޯމް ވެސް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. އުމަރު ނަސީރާއި ފާރިސް މައުމޫނު ފޯމް ހުށަހެޅުއްވުމަށް ތައްޔާރުވެ ވަޑައިގެންފައިވާ ކަމަށާއި ގާސިމް އިބްރާހީމް ވެސް ވަގުތު ހަމަވުމުގެ ކުރިން ފޯމް ހުށަހަޅުއްވާނެ ކަމަށް ވެއެވެ. ޑރ. މުނައްވަރު ގެންދަވަނީ ސޮއި ހަމަކުރައްވަމުން ކަމަށް މައުލޫމާތު ލިބެއެވެ.

    ]]>
    Sun, 06 Aug 2023 11:51:16 +0500 ހީރަސްނިއުސް
    ޔާމީނުގެ ސިއްރު އެޖެންޑާ: އިންތިހާބަކާނުލާ ވެރިކަން ހޯދުން https://heerasnews.com/1711 https://heerasnews.com/1711 ޕީޕީއެމް- ޕީއެންސިގައި ބައިބައިވުން ނެތްކަމަށް ދައްކަން ކިތަންމެ ހިތްވަރެއް ކުރިޔަސް ފެންނަނީ ބައިބައިވުމެވެ. ކަފިކަފިވެފައި ވާތަނެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތު އޮތްކަމަށް ގަބޫލުކުރެވުނަސް އެކަން ގަބޫލުކުރާކަން އާއްމުކޮށް ދައްކަން އެ ދެޕަޓީގެ ލީޑަރޝިޕް ބޭނުމެއް ނުވެއެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތު އަތުވެއްޖެނަމަ ވެރިކަން ބޭނުން މީހުން އެތާނގައި މާ ގިނައީއެވެ. މިނިވަންވެ ވަޑައިގަތުމަށްވެސް އެހެން މީހަކަށް ޕާޓީގެ ލީޑަރޝިޕް ދީގެން ނެރެ ވާދަކޮށް ވެރިކަމަށް ގެންނާކަށް ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައެއް ނުގަންނަވައެވެ. އެހެން ކޮންމެ މީހަކު ޔާމީނަށް ސިފަވެ ވަޑައިގަންނަވަނީ މިނިކާ ބާޒުގެ ގޮތުގައެވެ. މުސްކުޅި ސާރިދޯޅުގެ ބިރެއް މިހާރަކު ނެތެވެ. 

    ރައީސް ޔާމީނު ނެތް ހާލަތެއްގައި ނެރޭނެ މީހެއްގެ ވާހަކަ ޔާމީނު ވިދާޅުނުވެ ސެނެޓްގެ ބޮލަށް ތިންފަހަރު މަތިން ކަނޑާލެއްވީ މިނިކާ ބާޒަަކަށް ފުރުސަތު ނުދެއްވަން ވެގެންނެވެ. އެންމެ ފަހުން ޕީޕީއެމް- ޕީއެންސީގެ ބެކަޕްކެންޑިޑޭޓެއް ގެ ގޮތުގައި ޕީޕީއެމްގެ މީހަކު ނުނެރެ ޕީއެންސީއަށް އެފުރުސަތު ދެއްވީ އޭގެ ފަހަތުގައި އެހެން އެޖެންޑާއެއް އޮވެގެންކަން ސްޕްރީމް ކޯޓުގައި އިއްޔެ އޮތް އަޑު އެހުމުން ނިކަން ރަނގަޅަށް ސާފުވެއްޖެއެވެ.

    ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއް އަތުވެއްޖެނަމަ ޕީޕީއެމުން ކެނޑިޑޭޓެއް ނެރުމަށް ފުރުސަތު ހޯދަދޭން ސްޕްރީމް ކޯޓުގައި ޕީޕީއެމުން ރަސްމީކޮށް އެދުނު އެދުމުން ފޮރުވިފައިވާ ސިއްރު ހާމަ ވެއްޖެއެވެ. ރައީސް ޔާމީނު ނެތް ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު އެންމެ ބޮޑީ މޭޔަރު މުއިއްޒަށް ކަމަށް އެންމެން އިއްތިފާގެވެ. އެހެންކަމުން ޔާމީނު ނެތިއްޔާ ޕީޕީއެމްގެ ޗޮއިސް އަކީ މުއިއްޒު ކަމަށް ވެދާނެތީ ޕީޕީއެމުން މުއިއްޒު ބޭރުކޮށްލުމަށް ޔާމީނު ޖެއްސެވި މަޅީގައި ރަނގަޅަށް މުއިއްޒު ޖެހިއްޖެއެވެ. 

    ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއް އަތުވެއްޖެނަމަ ބެކަޕެއްގެ ގޮތުގައި ޕީއެންސީން ޑރ. މުއިއްޒު އެހުރީ ނެރެފައެވެ. ދެޕާޓީގެ ސެނެޓްގެ އަގުލަބިއްޔަތުންނެވެ. ރީތި ރާގުރާގަށް މުއިއްޒުމެން ސަޕޯޓްބޭސް ހިފެހެއްޓުމަށް ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް ޕީޕީއެމް-ޕީއެންސީގެ ޕްލޭން ބީއަކަށް ޑރ މުއިއްޒު ނުވިއެވެ. ސްޕްރީމް ކޯޓުގެ ޝަރީއަތުގެ ތެރެއިން އެކަން ކަށަވަރު ވެއްޖެއެވެ.

    ޑރ. މުއިއްޒުއަކީ ޕީޕީއެމަށް ޗޮއިސެއް ނޫންކަމަށް ވެގެން ދިޔައީއެވެ. ދެ ޕާޓީގެ ސެނެޓުން ނިންމި ބެކަޕް ބާކީވެ މަގުމަތިވީއެވެ. ބަތްކައްކާ ކުޅެން ނޫޅުއްވަށޭ ކުރީގެ މެންބަރ މުއާޒު ރަޝީދުމެން އެވިދާޅުވަނީ  އެހެން ވެގެންނެވެ. ޕީޕީއެމުން ރައީސް ޔާމީނު ނޫން މީހަކު ދެއްކިޔަސް ދެން ތާއީދު ނުކުރައްވާނެ ކަމަށް މުއާޒު ރަޝީދު ފަދަ ބޭބޭފުޅުން ވިދާޅުވަނީ ގައިމު ކަމެއް ވެގެންތާއެވެ.

    ޑރ. މުއިއްޒު ބާކީ ކޮށްލުމުން ރައީސް ޔާމީނު ބޭނުންފުޅު މީހަކަށް ޕީޕީއެމްގެ ޓިކެޓް ފުރޮޅާލެއްވުމަށް ބޮޑުތަނުން ފަސޭހަފުޅުވީއެވެ. ޕީޕީއެމް ޓިކެޓް ދޭން ޔާމީނު ކަނޑައަޅުއްވާ މީހަކަށް ޓިކެޓް ދީގެން ވާދަކޮށް ވެރިކަން ހޯދާ ރައީސް ޔާމީނު މިނިވަންކޮށް އިންތިހާބަކާ ނުލާ އަނބުރާ ރައީސްކަމަށް ވަޑައިގަތުމަށް ކޮއްޓަވާ މަގު ސާފުވީއެވެ. ރައީސް ޔާމީނުގެ ގޮނޑިކޮއްކޮ ދެމީހަކު ރައީސް ކަމަށް އިސްކުރެވިއްޖެނަމަ އިންތިހާބަކާ ނުލާ ކުރުމަގަކުން ރައީސް ޔާމީނަށް ވެރިކަން ހޯއްދެވޭނެއެވެ. 

    މިސާލަކަށް ޕީޕީއެމްގެ ޓިކެޓްގައި ރައީސް ކަމަށް އަނބިކަބަލުން ފާތުން ނެރެ ނައިބު ރައީސް ކަމަށް ދަރިކަލުން ޒައިން ނެރުއްވާ ވެރިކަން ހޯއްދަވާ ދެއްވާ ރައީސް ޔާމީނު މިނިވަންވެ ވަޑައިގަންނަވާނީއެވެ. ޢޭގެފަހުން ދަރިކަލުން ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމުން ނައިބު ރައިސް ކަމަށް ރައީސް ޔާމީނު އިސްކުރެއްވުމަށްފަހު ރައީސް ކަމުން ފާތުން އިސްތިއުފާ ދެއްވުމުން ޑރ. ވަހީދަށް ވެރިކަން ލިބުުނުގޮތަށް ރައީސް ޔާމީނަށް ރައީސްކަން ލިބި ވަޑައިގަންނަވާނެއެވެ. ކިހާސާފު ކުރު މަގެއް ހެއްޔެވެ. 

    ކިހާސަޅި ހެއްޔެވެ. ގާނޫނީ ހުސްކަމެއް ނައިސް އިންތިހާބަކާނުލާ ގާނޫނުގެ ތެރެއިން އެންމެ ކުރުމަގުން ރައީސް ޔާމީނަށް ވެރިކަން ހޯއްދެވޭނެ ގޮތަކީ އެއީއެވެ. އެ ފުރުސަތު ދިވެހި ރައްޔިތުން ދީފާނެ ހެއްޔެވެ. މުއިއްޒު ބާކީކޮށްލާ އެކަހެރިކޮށްލައިގެން ޕީޕީއެމް-ޕީއެންސީގެ ތެރެއިން ޔާމީނު ބޭނުންފުޅުހާ ގޮތަކަށް ކަންފަހިވެދާނެ ހެއްޔެވެ. ބަލަން ތިބެމާ ހިނގާށެވެ.

    ]]>
    Sat, 05 Aug 2023 14:51:43 +0500 ހީރަސްނިއުސް
    ފާޑުކިޔުން ތަކަށްވުރެ މުހިއްމީ ވައުދު ފުއްދުން: ރައީސް https://heerasnews.com/1702 https://heerasnews.com/1702 ފާޑުކިޔުންތަކަށްވުރެ ސަރުކާރަށް އެންމެ މުހިއްމީ ވައުދު ފުއްދުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަނީ ފާޑުކިޔުންތައް ހައްދުން ނައްޓައިގެން ގޮސްފައި ވިޔަސް އެކަންކަމާ އަޅާލެއްވުމަށްވުރެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން މާ މުހިއްމު ކަމަށެވެ.

    "އަޅުގަނޑު އުފަލާ އެކު ދަންނަވާނީ އަޅުގަނޑުމެން ވީ ވައުދުތަކުގެ 90 ޕަސެންޓް އިރާދަކުރެއްވިއްޔާ މިހާރު މި ނިމެނީއޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ. ދެން ވެސް ވައުދެއް ވެއްޖިއްޔާ އިރާދަކުރެއްވިއްޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަން ވެސް ކޮށްދީ ނިންމާނެކަމަށް ވިދާޅުވިއެވެ. ރައީސް ބެއްލެވީ ސިޔާސީ ހަލަބޮލިކަން އެކަހެރިކޮށް ވައުދުތައް ފުއްދުމުގައި ދެމިތިއްބަވަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

    ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރިޔާސީ ކެންޕެއިންގައި މުރައިދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފެނަކައިގެ އާ އޮފީހާއި ފުޓްބޯޅަ ދަނޑު ވެސް ހުޅުވައި ދެއްވާފައެވެ.

    މުރައިދޫ ރައްޔިތުންނާ މުހާތަބުކޮށް ރައީސް ވިދާޅުވީ މިދިޔަ އަހަރުތަކުގައި މުރައިދުއާ މެދު އޮތީ އިހުމާލުވެފައި ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުގައި މުރައިދޫގައި ހިންގީ އެންމެ ތިން މަޝްރޫއު ކަމަށާއި އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ފަސް އަހަރު ވީއިރުވެސް ނުނިންމާ ކަން ރައީސް ހަނދާންކޮށް ދެއްވިއެވެ. އެކަމަކު މި ސަރުކާރުން މުރައިދޫގައި ހަތް މަޝްރޫއެއް ނިންމާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

    ވިއްސާރަ ވީމާ މުރައިދޫގެ މަގުތަކުގައި ޗަކަ ހެދި ފެންބޮޑުވާ މައްސަލަ ހައްލުކޮށް ދިނުމުގެ ގޮތުން ރަނގަޅު ފެން ހިންދާ ނިޒާމަކާ އެކު މަގުތައް ރަނގަޅުކޮށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މުރައިދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށް އަންހެނުން ކުޅޭނެ ވޮލީ ކޯޓެއް ހަދައިދޭނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.

    ބައެއް ކަންތައްތައް ހުރި ނަމަވެސް ރާއްޖޭގެ ރައީސަކު ހޮވުމުގައި ވިސްނަން ވާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށްކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްކަމަށް ރައީސް ރައްޔިތުންނަށް ވިސްނަވާ ދެއްވިއެވެ.  އެހެންވީމާ ރައްޔިތުން އެކަން ދެނެގަނެ، ފުރަތަމަ ފަހަރަށް މުރައިދޫގެ ނަތީޖާ އެނބުރިގެންދާ އަހަރަށް މި އަހަރު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

    ]]>
    Wed, 02 Aug 2023 18:18:08 +0500 ހީރަސްނިއުސް
    ސްޓެލްކޯ ފުޅަނދު: މިނިވަން ދުވަސް ފާހަގަކުރުން https://heerasnews.com/1697 https://heerasnews.com/1697 އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މަލޭގައި ފުޅަނދު ބުރެއް ބާއްވައިފިއެވެ. މިނިވަން ދުވަހާ ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ސްޓެލްކޯ ބައިވެރިވެ ރައްޔިތުން ހިތްހަމަޖެހޭ ފަދަ، ހުށަހެޅުންތަކެއް ހުށަހަޅައި ދެވުނު ދެވުމަކީ ސްޓެލްކޯއަށް ލިބިގެންދިޔަ ވަރަށްވެސް ބޮޑު އުފަލެއްކަމަށް އެކުންފުނިން ބުނެއެވެ.

    ސްޓެލްކޯއިން ތަންސީލުކުރި ފުޅަނދުތަކާއި، ކެރެކްޓާރސްތަކަށް ލިބިގެންދިޔަ ތަރުހީބާއި، ކުޑަ ކުދިންނާއި، ރައްޔިތުންގެ މޫނު މަތިން ފެނިގެންދިޔަ އުފާވެރިކަމާއި، ހިތްހަމަޖެހުމަކީ، ފަސްޖެހުމެއްނެތި މިފަދަ ކޮންމެ ކަމެއްގައި ބައިވެރިވުމަށް ލިބޭ ހިތްވަރެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިފަދަ ކަންކަމުގައި އެ ކުންފުނީގެ މުވައްޒަފުން ދައްކަވަމުންގެންދާ ނަމޫނާއަށް ފަހުރުވެރިވެ ޝުކުރު ވެސް ދަންނަވައެވެ.

    ]]>
    Mon, 31 Jul 2023 20:08:54 +0500 ނާއިރާ
    އިންތިހާބު ކާމިޔާބު ކުރުމުގެ އުންމީދު ގާސިމަށް ގެއްލިއްޖެ https://heerasnews.com/1693 https://heerasnews.com/1693 މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ގާސިމް އިބްރާހީމަށް ގެއްލިއްޖެއެވެ. ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އެމްޑީޕީއަށް ދެފަހަރު ވެރިކަން ހޯދާދީފި ކަމަށާއި ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައިދީފި ކަމަށް ގާސިމް ބުނުމުން ގާސިމްގެ މާޔޫސްކަން ހުރިވަރު ސާފުވެއެވެ.

    ހުރިހާ ޕާޓީތަކެއް ވެސް ބޮޑުވަނީ ޖޭޕީގެ އުނގުގައި ކަމަށް ގާސިމު އެބަ ބުނެއެވެ. އެކަމަކު ޖެޕީ ދުވަހަކުވެސް ބޮޑެއް ނުވެއެވެ. ދެއުޅި އެއްނުވާ ވާހަކަ ދައްކާނީ ބޮޑުނުވާތީއެވެ.   

    އެމްޑީޕީ އާއި ޕީޕީއެމް އާއި ދެ ޕާޓީއަށް ވެސް ބޮޑުކަން ޖޭޕީން ހޯދައިދީފައިވާ ކަމަށް ދައުވާ ކުރަމުން އެވަރުގެ ޕާޓީއަކުން (ޖޭޕީން) ގާސިމް އިބްރާހީމް ވާދަކުރުމަށް ނިކުތުމުން ވެރިކަން ކުރުމުގެ ފުރުސަތު ނުދޭންވީ ސަބަބެއް ނެތްކަމަށް ގާސިމް ބުނުމުން ހޭބަޔަކު ހޭންވީއެވެ. ހަމްދަރުދީވާ ބަޔަކު ހަމްދަރުދީ ވާންވީއެވެ. މަލާމާތްކުރާ ބަޔަކު މަލާމަތްވެސް ކުރާނެއެވެ.  

    އަޖައިބެއް ނުވާނެ ހެއްޔެވެ. ފުރަތަމަ ބުރުގައި 25 ޕަސެންޓް ޖޭޕީން ނުހޯދަން ބުނީ ކާކު ހެއްޔެވެ. ފުރަތަމަ ބުރުގައި 25 ޕަސެންޓް ނަމަވެސް ހޯދައިގެން އެހެން ޕާޓީތައް ޖޭޕީގެ ފަހަތަށް ގެންނަން ހުރަސް އެޅީ ކާކު ހެއްޔެވެ. ތިޔަހާ ހިއްވަރަކާއި ނުފޫޒަކާ ބާރެއް ހުރިއްޔާ ޖޭޕީގެ ފަހަތަށް އެހެން ޕާޓީތައް ގެނެސްގެން ޖޭޕީ އިސްވެ އޮންނަ ސަރުކާރެއް ގާއިމުކޮށް ބޮޑުވެ ބަލާށެވެ. ވެރިކަން ލިބޭ ޕާޓީތަކަށް ދެ ވަނަ ބުރުގައި އިންތިހާބު ކާމިޔާބު ވަނީ ޖޭޕީގެ ނުފޫޒާއި ބާރުން ކަމަށްވަންޏާ ވާދަކޮށް ނަތީޖާ ދައްކާލަބަލާށެވެ. އެހެން ޕާޓީތައް ކުޑަކަކޫ ޖައްސާލަ ބަލާށެވެ. ނުވާނެއެވެ. 

    ރައީސް ޔާމީން ހޮވަން ޖޭޕީ ތާއީދުކޮށްގެން މަސައްކަތް ކޮށްގެން އެތައް މިލިއަން ރުފިޔާ ހޭދަ ކުރުވީ ޖޭޕީއަށް ވުރެ ޕީޕީއެމް ބޯ ބޮޑުވީމައެވެ. ގާސިމް ސަރުކާރުން ބޭރުކޮށް ފައްސާ ނަގާލީ ގާސިމަށް ވުރެ ޔާމީން ސްމާޓް ވީމައެވެ. މަޖިލީސް ރައީސް ކަމަށް ގާސިމް ކުރިމަތިލީމާ ބޭރުކޮށްލީ އެ ވަރުގެ އާރެއް ބާރެއް ސިޔާސީގޮތުން ގާސިމުގެ ނެތީމައެވެ. އެހެންނެއް ނުހެދޭނެއޭ ގާސިމް ބުންޏަސް އެ އޮތީ އެހެން ހަދާފައެވެ. އެ ކަމަކާ މިހާރަކު ޝަކުވާ ކުރުމުގެ މާނައެއް ނެތެވެ. 

    2018 ގައި އެންމެން ޖަލުގައި ތިބީމާ ސަލާމަތް ވާންވެގެން ވެރިކަން ބަދަލު ކުރަން ޖެހިގެން ވެރިކަން ބަދަލުކޮށް ތިޔަ ތިބީ ސަލާމަތް ވެގެންނެވެ. ރައީސް ޔާމީން އެކަން ނުކުރާނެކަން އެނގި ތިބެ ގާސިމްމެން ކުރި ކަމެއް ކުރީ ސަލާމަތް ވުމަށެވެ. ޖާނާ މާލު ސަލާމަތް ކުރުމަށް ކުރެވުނު ކޮންމެ ކަމެއް އެފަދަ ހާލަތުގައި ކޮންމެ މީހަކުވެސް ކުރާނެއެވެ. ސަލާމަތް ވުމުން އެކަމުގެ ބަދަލު ސަލާމަތްކޮށްދިން މީހާގެ ކިބައިން ހޯދަން އުޅޭނީ ވަރަށް ގޮތެއް ފޮތެއް ނެތީމައެވެ. ޝުކުރުވެރި ވުމުގެ ޒައްރެއްގެ މިންވަރުވެސް ނެތީމައެވެ. ހަމަޔަށް ބައި ނުލިބޭ ވާހަކަ ދައްކާނީ އެހެންވެއެވެ.

    ގާސިމްގެ ވާހަކަ ތަކުން އެނގި ކަށަވަރުވީ 2018 ގައި ވެރިކަން ބަދަލުކުރަން ކުރި ކަމެއް ކުރީ ޖާނު ސަލާމަތް ކުރުމަށް ކަމަށެވެ. ޕާޓީއެއް ބޮޑުކޮށް ކުޑަ ކުރާކަށް ނޫނެވެ. ބަދަލުވާ ސަރުކާރަކުން ބައި ހޯދާކަށް ވެސް ނޫނެވެ. ޖާނު ސަލާމަތް ކުރުމަށެވެ.

    ސަރުކާރު ހިންގުމުގައި ބައިވެރިކޮށްގެން ގެންގުޅުނީ ވެރިކަމަށް އިސް ކޮށްފައި ހުރި މީހާގެ ރަނގަޅު ކަމުންނެވެ. ޔާމީނުގެ ވެރިކަން ބަދަލު ކުރަން ގާސިމް އިބްރާހީމް އެއްބާރުލުން ދިނީ ދަރި އާއި ތިމާ ޖަލުން ސަލާމަތް ވާށެވެ. މައުމޫނު އެއްބާރުލުން ދިނީ ވެސް ދަރިއާއި ތިމާ ޖަލުން ނިކުތުމަށެވެ. ނަޝީދު އެއްބާރުލުން ދިނީވެސް ތިމާ މިނިވަންވެ ރާއްޖެ އައުމަށެވެ. އިމްރާނާއި ކަނަލް ނާޒިމް ވެސް ހަމަ އެހެނެވެ. 

    މައުމޫނާއި ގާސިމާއި އިމްރާނާއި ނަޝީދު ވެރިކަން ހިންގުމުގައި ބައިވެރިކޮށް އާރާބާރުދީ އެ މީހުން ދެއްކިހާ ބަޔަކަށް މަގާމުތައް ދީގެން ގޮވައިގެން އުޅުނު މީހާއަށް ބޭވަފާތެރިވެ ޝުކުރުވެރި ނުވަނީ ކޮންބައެއް ކީއްވެކަން ރައީސް ހޮވަން ވޯޓުދިން ރައްޔިތުންނަށް އެނގެއެވެ. ގާސިމަކީ ކާކުކަން ގާސިމަށް ނޭނގުނަސް ގާސިމަކީ ކާކުކަން ދިވެހިންނަށް އެނގެއެވެ. ގާސިމު ޓެސްޓްކޮށްގެން ގާސިމުގެ ފުށުން ދިވެހިން އުންމީދު ކުރާކަށް ކަމެއް ނެތެވެ.

    ޝަކުވާ ނުކުރާށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުރަހެއް ގާސިމަކަށް ނެތެވެ. ޕާޓީތައް ބޮޑުކުރާ ވާހަކަ ނުދައްކާ އަމިއްލަ ޕާޓީ ބޮޑުކޮށް ބަލާށެވެ. އެކަމަކު ޕާޓީއެއް ބޮޑުވެ ވަރުޖެހި ބާރުވެރިކަމުގައި ދެމި އޮތުމަކީ ކާލާ ބޭސް ގުޅައަކުން ވާކަހަލަ ކަމެއްނޫނެވެ. 

    ހަމަ ތެދެކެވެ. ގާސިމު ކަހަލަ މީހަކު ވަކަރަށް ޖަހާކަށް ދިވެހިން ބޭނުމެއް ނުވެއެވެ. ޓެސްޓްކޮށް ދިވެހިން ބޭނުންވާ ކަހަލަ ވެރިއަކު ދިވެހިންނަށް ހުރީ ލިބިފައެވެ. ދެވަނަ ދައުރަށް ވެސް ދިވެހިންނަށް އިބޫ އޯކޭއެވެ.

    ]]>
    Mon, 31 Jul 2023 15:18:37 +0500 ހީރަސްނިއުސް
    ރޮޒައިނާގެ މަގުބޫލުކަން ގެއްލުވައެއް ނުލެއްވޭނެ https://heerasnews.com/1691 https://heerasnews.com/1691 ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދެކެ ރައީސް ނަޝީދު ބިރުފުޅުގެން ވަޑައިގަންނަވަނީ ހާދަ ވަރަކަށެވެ. ރައްޔިތުންގެ މަޖިލިހަށް ރޮޒައިނާ އިންތިހާބު ކުރުމަކީ ކުރެވުނު "ވިޔާ ނުދާ" ކަމެއް ކަމުގެ އިހުސާސް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރެއްވުމުން އެ ކަމަނާގެ މަގުބޫލުކަން ނަޝީދަށް ވުރެ މާބޮޑުކަން ހާމަ ވެގެން ހިނގައްޖެއެވެ.

    ދަ ޑިމޮކްރެޓިކް ވިއްކަން ކުރައްވާ ދަތުރުފުޅުގައި މެމްބަރު ރޮޒައިނާ އާދަމްގެ ދާއިރާގައި އެ ކަމަނާއަށް ކުޑައިމީސް ކުރައްވާ ނަޝީދު ވާހަކަފުޅު ދައްކަވާނީ ގައިމު އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ. ރޮޒައިނާ މީދޫ ދާއިރައަށް ހޮއްވަވާ ދެއްވީ ރައީސް ނަޝީދު ކަމަށް ދޭހަވާ މޭރުމުން ކޮންމެ ވާހަކަފުޅެއް ދެއްކެވިޔަސް އެ ކަމަނާއަށް ދާއިރާގެ ތާއީދު އޮތްކަން އޮތީ ސާފުކޮށް ފެންނާށެވެ. ނަޝީދު ދައްކަވާ ވާހަކަފުޅަކުން ރޮޒައިނާގެ މަގުބޫލު ކަމެއް ގެއްލުވައެއް ނުލެއްވޭނެއެވެ.

    އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބަލިވެ ވަޑައިގެން އިރު ރޮޒައިނާ ހުންނެވީ ނަޝީދާ ދެކޮޅަށެވެ. އެމްޑީޕީގެ ޗެއަރޕަރސަން އިންތިހާބުގައި ރައީސް ނަޝީދު ހުންނެވީ އިމްތިޔާޒް ފަހުމީއާއި އެކުގައެވެ. ރޮޒައިނާ ހުންނެވީ ފައްޔާޒް އިސްމާއީލާއެކުގައެވެ. މުޅި އިންތިހާބު ވެސް އަދި މީދޫ ދައިރާވެސް ކާމިޔަބު ކުރީ ރޮޒައިނާ ހުންނެވި ފަޅިއެވެ. ރައީސް ނަޝީދުގެ ފަޅި ފެއިލް ވީއެވެ. 

    ހޮދު އަންހެނުންގެ ރޫހުގެ ރައީސާކަމަށް އެމްޑީޕީން އިންތިހާބު ކުރީވެސް ރޮޒައިނާއެވެ. ރައީސް ނަޝީދު އެ އިންތިހާބުގައި ތާއީދު ކުރެއްވި ކެންޑިޑޭޓް ވީ ބައްޔެވެ. އަހަންމައިދީ ލައްވާ ރައީސް ނަޝީދު ހޮއްވަވަން ބޭނުންފުޅުވީ ހުރިހާ ކެންޑިޑޭޓުން ނުހޮއްވެވުނީ ކީއްވެ ހެއްޔެވެ. ރައީސް ނަޝީދަށް ރާއްޖޭގައި ކުރިން އޮތް ތާއީދު މިހާރު ވަނީ ގެއްލިފައެވެ. 

    ރައީސް ނަޝީދު އިންތިހާބެއްގައި ވާދަކުރައްވައިގެން އެއްވެސް ފެންވަރެއްގެ ކާމިޔާބެއް މިހާރު ނުހޯއްދެވޭނެކަން އަމިއްލަފުޅަށް ވެސް ގަބޫލު ކުރައްވާ ކަހަލައެވެ. ކާމިޔާބެއް ވެވަޑައިގެންފާނެ ކަމުގެ ކުޑަވެސް އުންމީދެއް އޮތްނަމަ ދަ ޑިމޮކްރެޓީކްސް ގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބަކަށް ނުދެއްވީހެވެ. 17 އަހަރު އަތްޕުޅުގައި އޮތް ޕާޓީ ގެއްލި ސިޔާސީ ބުރަދަން މަދޮއްޓަކަށް ލުއިވެ ބޭކާރުވީމާ ހޭއްވެ ވޭނީ ހަޑިއެވެ. އިންތިހާބެއްގައި ރޮޒައިނައާ ރައީސް ނަޝީދު ވާދަކުރެއް ވިޔަސް ބޮޑުތަނުން ނަޝީދު ބަލިވެ ވަޑައި ގަންނަވާނެއެވެ.

    ރައީސް މައުމޫނުގެ ޑީއާރުޕީ ބައިކޮށް ޑރ. ވަހީދު ބަލިކޮށް ރައީސް ނަޝީދު ސައިޒް ކުރެވޭނީ ރޮޒައިނާމެން ލައްކަ މޮޅުވީމައެވެ. ލައްކަ ހުޝިޔާރު ވީމައެވެ. ދެރަ ކަމަކީ ރައީސް ނަޝީދު ޖަލުން ނެރެ އާރާބާރު ހޯދާ ދެއްވަން ރޮޒައިނާމެން އުޅުއްވިއިރު އެއީ ދެވަނައެއް ނެތް ޖަވާހިރެކެވެ. ގެދޮރަށް ވަންނަވާ ތަނު އެޅި ކުނަލަށް ނަޝީދު ވެވަޑައިގެން ފެމެލީ ފޮޓޯ ނަންގަވާ ހެއްދެވިއިރު ގޯހަކަށް ނުވެއެވެ. ރައީސް ނަޝީދު ޖައްސަވާ ބެރަށް ނައްޓަވާ އަލީ އާޒިމަކީ ރޮޒައިނާމެން ތެރެއިންވާ މީހެއް ކަމަކަށް މިހާރަކު ނުވެއެވެ.

    ނަފްރަތާ ހަސަދައިން ފޯވެފާ ހުންނެވި ވަރުން ހެއްދެވޭ ނުހެއްދެވޭ އެނގިވަޑައެއް ނުގަންނަވައެވެ. ދެއްކެވޭ ނުދެއްކެވޭ ވާހަކަފުޅެއް އެނގި ވަޑައިނުގަންނަވާ ވަރަށް ނަޝީދު ހުންނަވަނީ ބުއްދި ފަސްވެފައެވެ. ރޮޒައިނާގެ ސަޕޯޓް ބޭސް އެންމެ ބޮޑު ތާނގައި ހުންނަވާ ރޮޒައިނާއަށް ބަދުބަސް ރައީސް ނަޝީދު ރައްދު ކުރުމެކޭ ކެނެރީގެއަށް ވަދެ ކެނެރީ ސައްތާރަށް ފުޅަހޮއްލުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. ނަފުރަތުގެ ހުޅުން ރޯވެ އަނދާނީ ހުޅުޖެހި މީހާގެ ފަސްބައެވެ.   

    ]]>
    Sun, 30 Jul 2023 16:14:21 +0500 ހީރަސްނިއުސް
    ފުވައްމުލަކު ތާރުއެޅި 34 މަގު އަންނަ ހަފްތާގާ ހުޅުވާނެ https://heerasnews.com/1686 https://heerasnews.com/1686 ފުވައްމުލައް ސިޓީގެ އެތެރޭގެ 34 މަގެއްގައި ތާރު އަޅައިގެން ތަރައްގީ ކުރުމަށް އެމްޓީސީސީއާއި ހަވާލުކުރި މަސައްކަތް ފެށޭ އޮގަސްޓް މަހު ފުރަތަމަ ހަފްތާގައި ނިމޭނެއެވެ. ފުވައްމުލަކުގައި ތާރު އަޅައިގެން ތަރައްގީ ކުރަނީ 18 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެވެ.

    މަސައްކަތް ފުރަތަމަ ފަށާފައިވަނީ 31 މަގު ތަރައްގީ ކުރުމަށެވެ. ނަމަވެސް ސިޓީ ކައުންސިލާއި ރައްޔިތުންގެ އެދުމުގެ މަތިން އިތުރު އިތުރު 3 މަގުވަނީ މިޕްރޮޖެކްޓަށް އިތުރުކޮށްފައެވެ. އިތިރުކުރި 3 މަގަކީ ކުރިން ގައު އަޅައިގެން ހަދާފައިވާ 3 ކިލޯމީޓަރުގެ މަގެވެ.

    "އޮގަސްޓް 10ގެ ކުރިން ހުރިހާ މަގުތައް ރައްޔިތުންނަށް ބޭނުން ކުރެވޭނެ" ކަމަށް އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވެއެވެ. ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުން އެދުނު ބަދަލުތަކާއެކުގައެވެ. 
    ފުވައްމުލަކު މަގު ހެދުމުގެ ފޭސް 2ގެ މަސައްކަތްތައް އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ނިންމާލާއިރު ފުވައްމުލަކަށް ދިމާވާ އެންމެ ބޮޑު އެއް މަސައްލަ ކަމުގައިވާ ވިއްސާރަ ދުވަސްވަރު މަގުގައި ފެން ބޮޑުވެ ފެން ނުހިނދުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

    މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމު ވެސް ވަނީ ގާއިމުކޮށްފައިވާ ފުވައްމުލަކު ދެވަނަ ފިޔަވަހީގެ މަގުހެދުމުގެ މަޝްރޫޢަކީ 279 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްވެސް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. 3ވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

    މަގުހެދުމުގެ 3ވަނަ ފިޔަވަހީގެ ދަށުން ފުވައްމުލަކު އެތެރޭގެ 12.17 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި މަގުބައްތި ހަރުކުރާނެއެވެ. މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ. މި މަސައްކަތަށް 255 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.

    ފުވައްމުލަކުގައި މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގައި ކުރިގެންގޮސްފައި ވަނީ ރަށުގެ ވަށައިގެން އޮތް ރިންގް ރޯޑްގައި ތާރު އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި ތަރައްގީ ކޮށްފައިވެއެވެ. އެއީ 32 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

    ]]>
    Sat, 29 Jul 2023 14:49:13 +0500 ހީރަސްނިއުސް
    އަތޮޅުތަކުގާ ހިދުމަތްކުރެއްވި 65 ބޭފުޅަކަށް ހިދުމަތުގެއިނާމް https://heerasnews.com/1685 https://heerasnews.com/1685 އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރެވި 65 ބޭފުޅަކަށް ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ ޝަރަފުގެ ބެޖާއި އައްޑަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް މިއަދު ދެއްވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދެއްވުމަށް މިނިވަން ދުވަހާއި ގުޅުވައިގެން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

    ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 34 އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި 148 ބޭފުޅަކަށް މިއަހަރު މި އިނާމު ވަނީ ދެއްވާފައެވެ. އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދިވެހި ދައުލަތަށް 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރެއްވި 3 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.

    ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ވަރަށް އިޙްލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރައްވާ މިފަދަ މުހިންމު އިނާމެއް ދެއްވަން ފެށްޓެވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގައުމީ އިނާމާބެހޭ ކޮމެޓީގެ ޗެއަރޕަރސަން އަނީސާ އަހުމަދު ޝުކުރު ދެންނެވިއެވެ. ގައުމީ އިނާމަކީ ހިދުމަތްކުރެއްވި މުއްދަތަކަށް ނުވަތަ އަދާކުރެއްވި މަގާމަކަށް އެކަނި ބައްލަވައިގެން ދެއްވާ އިނާމެއް ނޫންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

    ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން މި ސަރުކާރުން 2021 ވަނަ އަހަރު ތަޢާރުފު ކުރެއްވި އިނާމެކެވެ. މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

    ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މީގެ ކުރިން 309 ބޭފުޅަކަށް ވަނީ އަރުވާފައެވެ. އަދި މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނާއެކު މި އިނާމު ދެއްވާފައިވާ ބޭފުޅުންގެ ޢަދަދު 457 އަކަށް މިވަނީ އަރާފައެވެ.

    ދައުލަތަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުން:

    • އައިމިނަތު ވަހީދާ - ހ. މާހާ : އައިމިނަތު ވަހީދާ ވަނީ ދިވެހި ދައުލަތަށް 52 އަހަރު ޚިދުމަތްކުރައްވާފައެވެ. އެކަމަނާގެ ޚިދުމަތްތައް މައިގަނޑުގޮތެއްގައި ފެނިފައިވަނީ ޞިއްޙީ ދާއިރާއިންނެވެ. ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1969 ގައި ސަރުކާރުގެ ހޮސްޕިޓަލުގެ ނަރސް އެއިޑްއެއްގެގޮތުގައިއެވެ. މިވަގުތު ހުންނެވީ އައި.ޖީ.އެމް.އެޗްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރުގެ ގޮތުގައެވެ.
    • އަހުމަދު ރަޝީދު - ފެހިވިލާގެ، ރ. އަނގޮޅިތީމު : އަހުމަދު ރަޝީދު ވަނީ ދިވެހި ދައުލަތަށް 51 އަހަރު ޚިދުމަތްކުރައްވާފައެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1954 ގައެވެ. އަނގޮޅިތީމުގެ މުދިންކަން 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުރައްވާފައިވެއެވެ. އަދި އެރަށު ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ފުރުއްވާފައިވެއެވެ. ރަޝީދު ވަނީ އަނގޮޅިތީމު ކޯޓާއި ޝަރުޢީ ދާއިރާގައި 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
    • ލެފްޓިނެންޓް ރިޓަޔަރޑް އަހުމަދު މަނިކު - ގ. ފަސާނާ : ލެފްޓިނެންޓް ރިޓަޔަރޑް އަޙްމަދު މަނިކު ވަނީ ދިވެހި ދައުލަތަށް އަދި ސިފައިންގެއަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އެ މަނިކުފާނު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1959 ގައެވެ. އަދި ޝަރަފުވެރިކަމާއެކު ސިފައިންގެއިން ރިޓަޔަރ ކުރެއްވީ 1 އޯގަސްޓް 2009 ގައެވެ.
    ]]>
    Sat, 29 Jul 2023 13:46:12 +0500 ހީރަސްނިއުސް
    ކުދި ބޮޑު އެންމެންގެ ލޯބި ރައީސަށް https://heerasnews.com/1679 https://heerasnews.com/1679 ރަސްމީ ދަނޑުގައި ރޭ ބޭއްވި ހެވިކަމުގެ ހަރަކާތްތައް ނިމުނު ފަހުން ފެނިގެން އެދިޔައީ ބައެއްގެ ހިތަށް ވަރަށް ތަދުވާނެ މަންޒަރެކެވެ. ނަފުރަތާ ފިތުނަ އުފައްދަން ވާދަވެރިން ކުރާއެއްވެސް ކަމަކުން ރައީސަށް ރައްޔިތުންގެ ހިތުގައި އޮތްލޯތްބާއި އިހުތިރާމަށް ކުޑަވެސް އަސަރެއް ނުކުރާކަން ރަމްޒުކޮށްދިން ކަމެކެވެ. މިނިވަން ދުވަހުގެ ޝަރަފްގެ ހިނގާލުމާއި ކުޅިވަރުގެ ހަރަކާތްތައް ނިންމާލި ކަން އިއުލާން ކުރިތަނާ އެ ހަރަކާތްތަކުގައި ބައިވެރިވި ކުދިން ކުއްލިއަކަށް ފެނުނީ ދަނޑު މައްޗަށް އަރަން ފެށި ތަނެވެ.

    800 އަށް ވުރެ ގިނަ ސްކޫލް ކުދިން ދަނޑަށް އެރީ ދިވެހި ގައުމީ ދިދަ ވިހުރުވަމުންނެވެ. ގޮސް ހުއްޓެމުން ދިޔައީ ރޮސްޓްރަމްގައި އިށީނދެވަޑައިގެން ތިއްބެވި ރައީސްގެ ދެކަނބަލުންނާ ދިމާލުގައެވެ. ގައުމީ ޖޯޝުން ފުރިފައި ތިބެއެވެ. ލޯތްބާ އިހުތިރާމާ އެކުގައެވެ. އޭރު އަދި އެމްއެންޑީއެފް އިން ޕާފޯމްކުރި ހަރަކާތް ނިންމައި ބައެއް ސިފައިންނަށް ދަނޑުމަތީން ނުފޭބެއެވެ.

    ކުޑައިރުކޮޅެއް ފަހުން، ރައީސް ސޯލިހް ވެސް ރޮސްޓްރަމްގެ ސިޑިން ތިރި އަށް ފައިބައިވަޑައިގެން، ކުދިންނާ ދިމާލަށް ވަޑައިގަތެވެ. ދެން ފެނިގެން ދިޔައީ ކުދީން ރައީސް ސޯލިހް ވަށާލައި އެންމެ ކުރިން އެ މަނިކުފާނާ ސަލާމް ކުރެވޭ ކުއްޖަކަށް ކޮންމެ ކުއްޖަކުވެސް ވާން އުޅޭތަނެވެ. ކުދިންނާ ސަލާމް ކުރެއްވުމުގައި ރައީސް ވަރަށް ގިނަ ވަގުތު ހޭދަ ކުރެއްވިއެވެ.

    ކުރިއަށް ވަޑައިނުގެންނެވޭ ވަރަށް ކުދިންގެ ތޮއްޖެހުން ބޮޑުވެ އަރިސްވަމުން ކުދިންތައް ދިޔަނަމަވެސް ކުދިންނާ ސަލާމް ކުރެއްވުން ރައީސް ހުއްޓާ ނުލައްވައެވެ. އެހުރިހާ ކުދިން ރައީސަށް އެއަދާކުރި ލޯތްބާ އިހުތިރާމް ސިފަ އެކޮށްދެނީ ރައްޔިތުންގެ ހިތުގައި ރައީސެއްގެ މައްޗަށް އޮތް ލޯތްބެވެ. އިހުތިރާމެވެ. ތާއީދެވެ. މިނިވަންކަމުގެ ހަގީގީ އިހުސާސް މިހާރު ރައްޔިތުންނަށް ކުރެވެމުން ދާކަމެވެ. 

    މަންޒަރު ފެނުމުން ގިނަ ބައެއްގެ މޫނުން ހިނިތުންވުމާއި އުފާވެރިކަމުގެ ކުލަތައް ފެނުނެވެ. ކެމެރާތައް ހުއްޓިފައިވަނީ އެތާރީހީ ހަދާނުގެ ކުޑަނަމަވެސް ތަސްވީރެއް ކުރަހާލުމަށެވެ. 

    ރައީސްގެ ދެކަނބަލުން ރަސްމީ ދަނޑުން ރިޔާސީ ކުރުނީހެއް އެރުވިއެވެ. އޭގެފަހުން ދިވެހި ސިފައިންގެ ލަޝްކަރިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުން ރައީސަށް ކުރުނީހެއް އަރުވާފައިވެއެވެ. އެހެނެއް ކަމަކު އެންމެ ފަހުވަގުތު ދަރުވަރުން އެ ދައްކައިދިން ލޯތްބާއި އިހުތިރާމުން ލިބިގެން އެދިޔަވަރުގެ އުފާވެރި މެސެޖެއް މަދުންނޫނީ ވެރިއަކަށް ނުލިބޭނެއެވެ.  

    ]]>
    Thu, 27 Jul 2023 14:09:21 +0500 ހީރަސްނިއުސް
    ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ޑރ. މުސްތަފާއަށް https://heerasnews.com/1674 https://heerasnews.com/1674 ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފިއެވެ. މިނިވަން ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައި ޑރ. މުސްތަފާ އަށް އެ އިއްޒަތް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

    ޑރ. މުސްތަފާއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވަރަށް މުހިންމު ހިދުމަތް ތަކެއް ކޮށްދެއްވެވި ބޭފުޅެކެވެ. ރާއްޖެ މިއަދު މި ދެކޭ ތައުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައި އިސްކޮށް އުޅުއްވިއެވެ. މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ގިނަގުނަ މަސައްކަތްޕުޅު ކުރެއްވިއެވެ.

    ޝަރަފް އެރުއްވެވީ ތައުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ. ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވެސް ވަޒަންކުރެއްވުމުގެ ގޮތުންވެސް މެއެވެ. 

    މިއަދު ރައީސް ސޯލިހު ވިދާޅުވީ ޑރ. މުސްތަފާ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރެއްވުމަށް ތައުރީފް ހައްގު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ، ޑރ. މުސްތަފާއަށް ދިވެހި ދައުލަތުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރައްވާފައެވެ

    ]]>
    Wed, 26 Jul 2023 13:18:33 +0500 ހީރަސްނިއުސް
    ދަ ޑިމޮކްރެޓްސްގެ އުރައްޕެއް ނެތްކަން ސާފު: ސިއްދީގު https://heerasnews.com/1670 https://heerasnews.com/1670 ކުރީގެ ރައީސް ނަޝީދަށް އުފައްދާފައިވާ "ދަ ޑިމޮކްރެޓްސް" ޕާޓީ ގެ އުރައްޕެއް ނެތްކަން ސާފު ކަމަށް ޕީޕީއެމްގެ ސެނެޓްގެ މެމްބަރެއް ކަމުގައިވާ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ. ސިއްދީގު ވިދާޅުވީ ޕީޕީއެމްއަށް ލާދީނީ ޖަމާއަތެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވާ ކަމަށެވެ.

    ސެނެޓަރ އަހުމަދު ސިއްދީގު މިހެން ވިދާޅުވީ ޕީޕިއެމްގެ ފަހަތަށް ޑިމޮކްރެޓްސް ނާރާނެކަމަށް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވުމާއި ގުޅިގެން އޭނާގެ ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން އެއްވެސް އެހެން ޕާޓީއަކާ ކޯލިޝަން ހަދާނީ އެންމެން އެއްބަސްވާ ކެނޑިޑޭޓަކީ ރައީސް ޔާމިން ކަމަށް އެހެން ޕާޓީތަކުން އެއްބަސްވާކަމަށް ވާނަމަ ކަމަށް ޕީޕީއެމުން ދަނީ ބުނަމުންނެވެ.

    އިލްޔާސް ލަބީބަށް ރައްދު ދެއްވުމުގެ ގޮތުން ސެނެޓަރ ސިއްދީގު ވިދާޅުވީ "އަމިއްލަ ފައިމަތީ، ހިނގާނެ ބާރުނެތް އިރު ބޮޑާބަސްތައް ބޭރުކުރަން ފެށުމުން، ދަ ޑިމޮކްރެޓްސް ޕާޓީ ގެ އުރައްޕެއް ނެތްކަން ސާފުކަމަށް"އެވެ. "ދަ ޑިމޮކްރެޓްސް" ޕާޓީއަކީ ލާދީނީ ޖަމާއަތެއް ކަމަށްވެސް ސިއްދީގު ސިފަ ކުރައްވައެވެ.

    ސިއްދީގު އެހެން ވިދާޅުވާއިރު ޕީޕީއެމްއިން ދާދިފަހުން ވަނީ ދަ ޑިމޮކްރެޓްސްއާއެކު ސިޔާސީ މަޝްވަރާތަކެއް ބާއްވާފައެވެ. ދަ ޑިމޮކްރެޓްސް އާއެކު ޕީޕީއެމްނަމުގައި ކުރިޔަަށް ގެންދާ ސިޔާސީ މަޝްވަރާތަކަކީ ޕީޕީއެމްގެ ސެނެޓްގެ ރުހުމާ ނުލާ ކުރާކަމެއް ކަމަށް ބުނެ ޕީޕީއެންގެ ސެނެޓްގެ ގިނަ އަދަދެއްގެ މެމްބަރުން އެކަން ކުށްވެރިކޮށްފައިވެސް ވެއެވެ. 

    ]]>
    Tue, 25 Jul 2023 11:48:09 +0500 ހީރަސްނިއުސް
    ރައީސް ސޯލިހުގެ އެތެރެއާ ބޭރު އެއްގޮތްވާނެ: އަލީ ޒާހިރު https://heerasnews.com/1666 https://heerasnews.com/1666 ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެތެރެއާއި ބޭރު އެއްގޮތް ވާނެކަމަށާއި ދުވާލަކު ގޮތަކަށް ވާހަކަފުޅު ނުދައްކަވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ހަލުވި މަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން ނޫޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

    އަލީ ޒާހިރު މިމޭރުމުން ވަހަކަފުޅު ދެއްކެވީ ރޭ ހައުސް އޮފް ޑީމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ރައީސް ސޯލިހަށް މަލާމާތް ކުރައްވައި، ހަޖޫ ޖައްސަވައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. 

    ރައީސް ސޯލިހަކީ ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ނުދެއްވާނެ ބޭފުޅެއް ކަމަށާއި ކަންކަމުގައި ކެތްތެރި ކަމާއިއެކު މަސައްކަތް ކުރައްވާ ރައީސެއް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

    ރައީސް ސޯލިހަކީ ވައުދެއް ވުމަށްފަހު އެވައުދުން ރެކެން އުޅުއްވާނެ ބޭފުޅެއް ނޫންކަމަށް އަލީ ވިދާޅުވެއެވެ. ފުޓްސަލް ދަނޑާއި، ކުޅިވަރު ވަސީލަތްތަކާއި، ސްކޫލު އިމާރާތްކާއި، މަގު ހެދުމާއި، ބަނދަރާއި ފެނާއި ނަރުދަމާގެ ކަންކަމަކީ އެހެން ބޭފުޅަކު ދެން ކޮށްދޭންޖެހޭނެ ކަމެއް ނޫންކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

    ފެއިލް ވެފއަިވާ ބައެއް ސިޔާސީ ބޭފުޅުން ފުޓްސަލް ދަނޑާ މަލްޓިޕާޕަސް ހޯލާއި ފްލެޓް އަޅައިދޭނެ ވާހަކަ ރައްރަށުގައި ދެއްކެވިހެން ނުކުރެވޭނެ ކަންކަމުގެ ވާހަކަ ރައީސް ސޯލިހު ނުދައްކަވާނެކަމަށް އަލީ ވިދާޅުވިއެވެ. ފުޓްސަލް ދަނޑާ މަލްޓިޕާޕޯސް ހޯލު ހުންނާނީ އަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

    ރައީސް ނަޝީދު ރޭ ވިދާޅުވީ ރައީސް ސޯލިހަކީ މިހާރު ވެރިކަން ކުރެއްވުމަށް މާ މުސްކުޅިވެސް ބޭފުޅެއް ކަމަށެވެ. ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބަލި ބޭފުޅެއް ކަމަށްވެސް ކުރީގެ ރައީސް ނަޝީދު ރޭގައި ވިދާޅުވިއެވެ. 

    ކުރީގެ ރައީސް ނަޝީދުގެ އެވާހަކަ ފުޅަށް ރައްދު ދެއްވާ އަދާލަތު ޕާޓީގެ ނައިބު ރައީސް ވިދާޅުވީ ޒުވާންކަން ދައްކަން އިސްތަށިފުޅުގައި ރައީސް ސޯލިހު ކުލަ ނުޖައްސަވާނެ ކަމަށާއި އެތެރެއާ ބޭރު އެއްގޮތްވާނެ ކަމަށެވެ. 

    ]]>
    Mon, 24 Jul 2023 13:15:11 +0500 ހީރަސްނިއުސް
    ވަށަފަރު ސިއްހީ މަރުކަޒަށް އައު އިމާރާތެއް https://heerasnews.com/1656 https://heerasnews.com/1656 ރަށްރަށުގައި ސިއްހީ ހިދުމަތުގެ ނިޒާމު ލުއިފަސޭހަ ކުރެއްވުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހއ. ވަށަފަރު ސިއްހީ މަރުކަޒަށް ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް އަދި ސްޓޯރޭޖު ރޫމްތަކާއި، ލޯންޑްރީ މިހާރު އެވަނީ އިތުރު ކޮށްފައެވެ.

    މީގެކުރީގައި ވަށަފަރުގައި ސިއްހީ މަރުކަޒުގެ އިދާރީ މަސައްކަތްތަކާއި، އެހެން ގިނަ ޚިދުމަތްތައްވެސް ދެމުން އައީ ބަލިމީހުން ބަލާ އިމާރާތުގައެވެ. އެހެން ނަމަވެސް ހއ. ވަށަފަރު ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އިމާރާތަށް އިދާރީ މަސައްކަތްތައް ބަދަލުކޮށް، ކުރިން އޮތް ޖާގައިގެ މައްސަލަ ވަނީ ހައްލުކޮށް ދެއްވާފައެވެ.

    ވަސަފަރު ސިއްހީ މަރުކަޒާށް އަލަށް އިތުރުކުރި ޢިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލު ކުރައްވައިގެންނެވެ.

    ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އައު އިމާރާތް ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއެވެ. ރައީސުލްޖުމްހޫރިއްޔާ މިތަން ހުޅުއްވައިދެއްވައިފައި ވަނީ ހއ. އަތޮޅަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެންނެވެ. 

    ]]>
    Sat, 22 Jul 2023 11:38:26 +0500 ހީރަސްނިއުސް
    ރިސޯޓްތަކުގައި މަސްކައްކަން ގޮވި މީހުންނަށް ވެރިކަން ނުކުރެވޭނެ: ރައީސް https://heerasnews.com/1647 https://heerasnews.com/1647 ރިސޯޓްތަކުގެ ބަދިގެ ތަކުގައި މަސްކައްކަން ގޮވާލި މީހުންނަކަށް ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ. އެނެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ހޯރަފުށީގައެވެ.

    ކޮވިޑަށްފަހު ރާއްޖެއަށް ޓޫރިސްޓުން ނާންނާނެ ކަމަށާއި ރިސޯޓުތަކުގެ ބަދިގެތަކުގައި މަސްކައްކަން ވާދަވެރިން ގޮވާލަމުން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަށް ޓޫރިސްޓުން ނާންނާނެކަމަށް ބުނެ ރިސޯޓުތަކުގައި ދަނޑުވެރިކަން ކުރުމަށް ގޮވާލި މީހުންނަށް ވެރިކަން ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

    ހިކުމަތްތެރި ރައީސް ސޯލިހު ވާދަވެރިންނަށް ގޮންޖައްސަވާ އެހެން ވިދާޅުވީ ރާއްޖެއަކީ ކޮވިޑް މެނޭޖްކުރުމުގައި އެންމެ ކާމިޔާބު އެއް ގައުމުގެ ގޮތުގައި ހެއްދެވުމަށް ފަހުގައެވެ. ރައީސް ހޯރަފުށީގައި އެހެން ވިދާޅުވީ 2020، 2021، 2022ގައި ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލަކީ ރާއްޖެކަމުގައި ހެއްދެވުމަށް ފަހުގައެވެ. ކޮވިޑްގެ ފަހު ފަތުރުވެރިންގެ ކުރިމަތީގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެކަމަށް ހައްދަވައި އެކަން ސާބިތުކޮށް ދެއްވާފައެވެ.

    ]]>
    Wed, 19 Jul 2023 12:56:07 +0500 ހީރަސްނިއުސް
    ކޮންމެ ރަށަކުން ތަރައްގީގެ ބަދަލުތައް ފެނޭ: ރައީސް ސޯލިހު https://heerasnews.com/1646 https://heerasnews.com/1646 ވަޑައިގެންނެވި ކޮންމެ ރަށަކުން ތަރައްގީގެ ބަދަލުތައް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ތަރައްްގީ އަކީ މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

    ތަރައްގީ ގެނެވޭނީ ތަސައްވަރެއް އޮވެގެން ކަމަށާއި ހަމައެކަނި މާދަމާ ފެންނަ މީހަކަށް ތަރައްގީ ނުގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ އޮތީ އެންމެ އެޖެންޑާއެއް ކަމަށާއި އެއީ ރައްޔިތުންނަށް ތަރައްގީ ގެނެސްދީ އަމާން ގައުމަކަށް މި ރާއްޖެ ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

    "މި ނޫން އެޖެންޑާއެއް، އެމްޑީޕީގެވެސް އަދި އަޅުގަނޑުމެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެވެސް ނެތް." ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރަނީ ތަސައްވުރެއް އޮވެގެން ކަމަށާއި އެއްވެސް ރަށެއް އަނެއް ރަށާއި ތަފާތު ނުކުރައްވާ ހިދުމަތްތައް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

    މިމޭރުމުން ރައީސް ވާހަކަފުޅު ދެއްކެވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ހއ. ހޯރަފުށީގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

    ]]>
    Wed, 19 Jul 2023 12:44:08 +0500 ހީރަސްނިއުސް
    އެލީޓް ވިސްނުމަށް ރައީސް ޖާގަ ނުދެއްވާނެ: ހިސާން https://heerasnews.com/1641 https://heerasnews.com/1641 ރައްޔިތުންގެ އުންމީދުތަކުގައި ރައީސް ސޯލިހު ކުލަޖައްސަވައި ދެއްވައިފި ކަމަށް ތުޅާދޫ ދާއިރާގެ މެންބަރ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. އަދި އެކަމަނާ ހުންނެވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ފަޅީގައި ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން މިހެން ވިދާޅުވީ މ. ދިއްގަރުގައި ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

    ރައީސް ސޯލިހު ކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފިނަމަ އެކަމެއް ކޮށްދެެއްވާނެ ކަން އެ މަނިކުފާނުގެ އަމަލާފުޅާއި ބަސްފުޅުން މިދިޔަ ފަސް އަހަރު ސާބިތު ކޮށްދެއްވާފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

    މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތައް ވެރިކަން ކުރާ ރަށައް ހާއްސަ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ބަހާލުމުގެ ބިންގާ ރައީސް އަޅުއްވައިދެއްވާފައިވާ ކަމަށާއި އެ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

    ރަށުގެ އާބާދީ ކުޑަވުމަކީ އެރަށަށް ލިބެންޖެހޭ ހިދުމަތްތަކުން ބާކީ ނުކުރަށްވާނެ ކަން ރައީސް އަމަލުން ސާބިތު ކޮށްދެއްވާފައިވާ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

    އިދިކޮޅުންނާއި އެތެރޭގައި ތިބެ އިދިކޮޅުގެ ދައުރު އަދާކުރަމުން ގެންދިޔަ ހުރިހާ އެންމެންގެ ވިސްނުމާއި ބަހާއި ދެކޮޅު ހެދުންތަކާއިއެކު ވެސް ރާއްޖޭގެ ކުދި އާބާދީ ތަކަށް ތަރައްގީގެ އަސަރު ފޯރުކޮށްދެވިއްޖެކަމަށާއި ކުޑަރަށެއްގައި ބަނދަރު ހެދުމާއި ކުޑަ ރަށެއްގައި ތާރުއެޅުމަކީ ބޭކާރު ކަމެއް ކަމަށް ބުނާ ވިސްނުން ބޮލާލައި ޖައްސަވައިފިކަމަށް ވިދާޅުވަމުން ހިސާން ވިދާޅުވީ އެ "އެލީޓް" ވިސްނުމަށް ޖާގަ ނުދެއްވާނެކަން ރައީސް ސާބިތު ކޮށްދެއްވައިފި ކަމަށެވެ. 

    ]]>
    Mon, 17 Jul 2023 10:14:36 +0500 Chief Editor
    ހެޔޮވެރިކަމުގެ ނަފާ ކޮޅުފުށިން https://heerasnews.com/1635 https://heerasnews.com/1635 ސަމާސާ ވާހަކައެއް ނޫނެވެ. ކޮޅުފުށީ ރައްޔިތުން އެތިބީ އުފަލުން ފޮޅިފައެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގައި އެރަށަށް ލިބެމުންދާ ކުރިއެރުމާ މެދު ޝުކުރުވެރި ވޭވެއެވެ. އެހެން ނުވަންވީ ކީއްވެހެއްޔެވެ. 

    ތައުލީމީ އުއްމީދީ އައު ޖީލެއް ބިނާކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މ. ކޮޅުފުށީގެ:- 

    • 40 ދަރިވަރުން ހިލޭ ޑިގްރީ އަށް ކިޔަވަމުން އެބަދެއެވެ.
    • 23 ދަރިވަރަކު ވަނީ ކިޔަވައި ނިންމާފައެވެ.
    • ލޯނު ސްކީމްގެ ދަށުން 5 ކުދިން ކިޔަވަމުން މިހާރުވެސް އެބަދެއެވެ.

    މ. އަތޮޅު މަދަރުސާގައި މި ސަރުކާރުން ގާއިމުކުރި 8 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތްކޮށް ދެއްވައިފިއެވެ.

    އެ އިމާރާތް މިއަދު ރައީސް ސޯލިހު ރަސްމީކޮށް އެ ހުޅުއްވައި ދެއްވީއެވެ.

    އަނެއްކޮޅުން ކޮޅުފުށީގެ ފެނުގެ ނިޒާމުގެ ހިދުމަތް ގާއިމުކޮށް ދެއްވާ ރަސްމީކޮށް އެ ހިދުމަތް ފައްޓަވާ ދެއްވީއެވެ. ހަމައެއައި އެކު ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމުން ރައީސް ފާހަގަ ކޮށްދެއްވީއެވެ. 

    ކޮޅުފުށީގެ ތަރައްގީއަށް މި ސަރުކާރުން 2023 ޖޫންގެ ނިޔަލަށް 113,997,074.87 މިލިއަން ރުފިޔާ ހަރަދުކޮއްފައިވެއެވެ. މިހާރުވެސް ކުރިއަށް ދާ ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް މުހިންމު ކަންކަމަކީ :-

    • ކުނިކޮށި ޤާއިމްކުރުން  
    • ހެލްތް ސެންޓަރ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯ ހެދުން  
    • 100 ހައުސިންގ ޔުނިޓް އެޅުން.

    މި ހުރިއްޔަކީ ހިޔާލީ ވާހަކައެއް ނޫނެވެ. ވެރިއެއްގެ ހެޔޮވެރިކަމުގެ ނަތީޖާއެވެ. ޝުކުރުވެރިވާ ބަޔަކަށް ގަބޫލު ކުރެވޭނޭ ތެދު ހަގީގަތެވެ. ކޮޅުފުށީގެ ރައްޔިތުން ލޮލުން ބޮލުން އެދި ތިބި ބަލައިގެންފައިވާ ހިދުމަތްތަކެވެ. 

    ]]>
    Sat, 15 Jul 2023 13:04:13 +0500 ހީރަސްނިއުސް
    ހުވަދޫ ވެސް އާރްޓީއެލުން ގުޅާލައިފި https://heerasnews.com/1632 https://heerasnews.com/1632 މުޅި ރާއްޖެ ދަތުރު ފަތުރުން ގުޅާލުމަށް ރައީސް ސޯލިހު ފައްޓަވާފައިވާ އާރުޓީއެލް ނިޒާމު ރާއްޖޭގެ އުތުރާއި ދެކުނުގައި ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެންމެ އިސްކަމެއް ދެއްވާ އެއް މަޝްރޫއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރުމަށާއި ހިދުމަތް ދިނުމަށް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ.

    ސަރުކާރުން ފަށާފައިވާ ފެރީގެ ހިދުމަތް ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން އާރުޓީއެލްގެ ހިދުމަތް ހއ، ހދ، ށ އަދި ޅ އަތޮޅުގައި ވަނީ ހިންގަން ފަށާފައެވެ. ދުވެލި ބާރު އުޅަދު ތަކުގައި އާރުޓީއެލް ހިދުމަތުގެ ފޮނި މީރުކަން އެ އަތޮޅުތަކުގެ ރައްޔިތުން ދަނީ ހޯދަމުންނެވެ. މިހާތަނަށް ޖުމްލަ 46 ރަށެއް ފެރީ ނިޒާމުން ވަނީ ގުޅާލެވިފައެވެ.

    ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރި ކުރުމުގެ ދަތުރުތައް ހުވަދު އަތޮޅު އުތުރުބުރީއާއި ދެކުނުބުރީގައި އިއްޔެ އެ ވަނީ ފަށާފައެވެ. 19 ރަށް އޮންނަ ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ދޭންފެށީ ހަ ރޫޓަކުންނެވެ. އަހުލުވެރި ކުރުމުގެ ދަތުރު ތަކަށް އަދި އެއްވެސް އަގެއް ނުނަގައެވެ. ދަތުރު ތަކަށް އަގު ނަގަން ފަށާނީ 20 ޖުލައި 2023 އިން ފެށިގެންނެވެ. 

    ހުވަދޫގައި އާރްޓީއެލް ދަތުރުތައް ފުރަތަމަ ފަށާއިރު 6 ސްޕީޑް ފެރީ ބޭނުން ކުރެއެވެ. ޚިދުމަތް ފުރިހަމަ ވާއިރު ޖުމްލަ 9 ފެރީ ބޭނުން ކުރާނެއެވެ. ހުވަދޫ އަތޮޅުގައި މި ޚިދުމަތް ދޭނީ މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ.

    ]]>
    Fri, 14 Jul 2023 04:19:36 +0500 ހީރަސްނިއުސް
    ދާއިރާތައް ތަރައްގީކުރުމާ ނަޝީދު ދެކޮޅު https://heerasnews.com/1621 https://heerasnews.com/1621 ރައްޔިތުންގެ މަޖިލިސްގެ މެންބަރުން އެ ބޭފުޅުންގެ ދާއިރާތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވާ ކަމެއް ކަމަށް ވިދާޅުވެއްޖެއެވެ. ޑިމޮކްރޭޓް ހައުސް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މެންބަރުން ދައިރާއަށް ކަންކަން ކޮށްދޭން އެދެމުން ދާކަމަށެވެ.  މެންބަރުން ދާއިރާތަކަށް ގިނަ ކަންތައްތައް ކުރުމަށް އެދެމުގައި ބަޖެޓަށް ވެސް ނުބައްލަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

    ނަޝީދު ބޭނުންފުޅު ވަނީ ދާއިރާ ތަކުގެ ތަރއްގީ ހުއްޓުވާށެވެ. ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތުން ވަކިދާއިރާއަކަށް މެންބަރުން ހާއްސަ ކުރެވުނީމާ މުޅި ރާއްޖެ ކަންބޮޑުވާ ކަންތައްތަކާމެދު އެ މެންބަރުންނަށް ވާހަކަ ނުދެއްކޭކަމަށެވެ. 

    ނަޝީދު ވިދާޅުވި ގޮތުގައި ދާއިރާތަކުގެ ތަރައްގީއަށް ސަރުކާރުން މިހާރު ކުރަމުންދަނީ މުޅިން ބޭކާރު ހަރަދުތަކެވެ. ދާއިރާތަކުގެ ތަރައްގީއަށް ކުރެވޭ ކަންކަމަކީ ބޭކާރު ހަރަދުކަމަށް ސިފަކުރައްވާ އަތޮޅުތަކުގައި ހިންގާ ޕްރޮޖެކްތައް ހުއްޓާލުމަށް ނަޝީދު ގޮވާލާ ގޮވާލުމަކީ ރާއްޖެތެރެ ތަރައްގީ ކުރުމަށް ހުރަސް އެޅުމެވެ. އަތޮޅުތަކުގެ ރައްޔިތުނަށް އަސާސީ ހިދުމަތް ގާއިމުކޮށްދީ ރައްޔިތު މީހާ އަމިއްލަ ރަށުގައި ފުދިގެން އުޅެވޭނެ ގޮތް ހަދާދޭ ދިނުމަކީ ރައީސް ނަޝީދުގެ ނަޒަރުގައި ސަރުކާރުން ކުރާ ބޭކާރު ހަރަދެވެ. 

    ގޮނޑުދޮށް ގިރުން ހުއްޓުވުމަކީ ސަރުކާރުން ކުރާ ބޭކާރު ހަރަދަކަށް ތިމާވެށީގެ ޗެންޕިއަނަށް އެބަވެއެވެ. އާރުޓީއެލް ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅުވާލަން ސަރުކާރުން ކުރާ މަސައްކަތަކީ ރަށުބަންދުން ރައްޔިތުމީހާ ފިލުވަން އައިމީހާއަށް ވަނީ ބޭކާރު ހަރަދަކަށެވެ. ފެނާ ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް ތަފާތެއް ނުކޮށް އެމީހަކު އުޅޭތާކުން އެމީހަކަށް ލިބިދޭން ސަރުކާރުން ކުރާ މަސައްކަތަކީވެސް ބޭކާރު ހަރަދަށް ވެއްޖެއެވެ.

    މިހެން ކިޔާނެ ކަމެއް ނެތެވެ. ދާއިރާތަކުގެ ރައްޔިތުންގެ ހެވާ ލާބަޔަށް ކުރެވޭ ކޮންމެ ކަމަކީ ރައީސް ނަޝީދު ދެކިވަޑައި ގަންނަވާ ގޮތުގައި ބޭކާރު ހަރަދެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ފުޓްސަލް ދަނޑުތައް އެޅުން ހުއްޓާލަން ވެއްޖެ. ހުރިހާ މަޝްރޫއުތައް މަޑުޖައްސާފަ ވިސްނާލަންވެއްޖޭ އަޅުގަނޑުމެން." ރައީސް ނަޝީދު ވިދާޅުވިއެވެ. " ދެން ކިހިނެއްތޯ ވާންވީ، ދެން ކޮންތާކަށްތޯ ދާންވީ، މީ އެތައް ބިލިޔަން ފައިސާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

    ސަރުކާރުން ރައްޔިތުންނަށް ލާބަ ހުރި ކަންކަމަށް ކުރާ ހޭދައަކީ ބޭކާރު ހަރަދަށްވެ ތިމާއަށް ސިޔާސީ ބާރުވެރިކަން ހޯދަން ނިޒާމް ބަދަލުކުރަން ކުރަންޖެހޭ ކަންކަން ބޭކާރު ހަރަދަކަށް ނުވާ ނަޝީދުގެ ނުބައި ނުލަފާކަން ވަޒަންކޮށްލާށެވެ.

    ]]>
    Tue, 11 Jul 2023 14:32:51 +0500 ހީރަސްނިއުސް
    ދެކެމުން މިދާ އުފަލާ ތަރައްގީ ގެނެސްދެނީ ރައީސް ސޯލިހު : އިމްރާން https://heerasnews.com/1613 https://heerasnews.com/1613 ރާއްޖެ ދެކެމުން މިދާ ހުރިހާ އުފަލަކާއި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއް ގެނެސްދެނީ ރައީސް ސޯލިހުގެ ކޯލިޝަންގައި އެންމެން އެކުވެ ބައިވެރިވެގެން މިއަދާ ހަމައަށް ތިބުމުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން ރޭގައި ވަނީ ވިދާޅުވެފައެވެ.

    ށ. އަތޮޅުން ކޯލިޝަންގެ ސަޕޯޓަރުން ދައްކަމުންދާ ފޯރި ރާއްޖޭގެ އެހެން ރަށްރަށުން ކުރިއަށް އޮތް 60 ދުވަހުގައި ދައްކުވައިފި ނަމަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ރޭއޮތް ޖަލްސާގައި ވިދާޅުވިއެވެ.

    ހަމަ އެއާއިއެކު އަލުން ކުރީގެ ނާމާން ދުވަސްތައް އައުމަކަށް ބުއްދި ސަލާމަތުންހުރި އެކަކުވެސް ނޭނދޭނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވެސް ރޭގައި ވިދާޅުވިއެވެ. ޑރ. އިޔާޒު މިހެން ވިދާޅުވީ ފޯކައިދޫގައި ރައީސް ސޯލިހު ދެއްކެވި ވާހަތަކަށް ތާއީދު ކުރައްވައި ކުރެއްވި ޓުވީޓުގައެވެ.

    ރައީސް ސޯލިހު ވެސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުން އުޅުނު ގޮތާއި މިހާރާއި އަޅާ ކިޔުއްވާފައެވެ. އޭރު އޮތް ނާމާން ދުވަސްތަކަށް އަލުން ދާން އެދޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް ރައީސް ވެސް ވަނީ ވިދާޅުވެފައެވެ.

    ރައީސްގެ ވާހަކަފުޅު ތަކަށް ތާއީދު ކުރައްވާ ޑރ.ި އިޔާޒު ވިދާޅުވީ، މީގެ ކުރިން ރާއްޖެ ދުށް އަނިޔާވެރި ނާމަން ދުވަސްތަކަށް އަލުން ދާން ހަމަބުއްދި ހުރި އެއްވެސް މީހަކު ބޭނުން ނުވާނެކަމަށެވެ. 

     ޝައިހު އިމްރާނާއި އުސްތާޒު އަލީ ޒާހިރާއި ޑރ. އިޔާޒާއި ޝައިހު އަލީ ޒައިދާއި ޝައިހު އިލްޔާސް ފަދަ ބެބޭފުޅުން ރައީސް ސޯލިހުގެ ސުލްހަވެރި އަމާން އޮމަން އޯގާތެރި ވެރިކަން ދެމެހެއްޓުމަށް ފުޅާދާއިރާއެއްގައި ތާއީދުކޮށް މަސައްކަތްކުރައްވައެވެ. 

    ]]>
    Mon, 10 Jul 2023 13:57:51 +0500 ހީރަސްނިއުސް
    އުފާވެރި އަމާން ރާއްޖެ& ރިޔާސީ ކެމްޕެއިން ފޯކައިދޫގައި https://heerasnews.com/1611 https://heerasnews.com/1611 "އުފާވެރި އަމާން ރާއްޖެ" ރިޔާސީ ކެމްޕެއިން ފޯކައިދޫގައި ރައީސް ސޯލިހު ފައްޓަވައި ދެއްވައިފިއެވެ. ފޯކައިދޫގައި ރިޔާސީ ކެންޕެއިން ފެއްޓެވުމުގެ ގޮތުން މުހިންމު ކަންތައް ތަކެއްގެ މައްޗަށް ރައީސް އަލި އަޅުއްވާލެއްވިއެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ބައެއް ކާމިޔާބީ ތަކަށް ކުރުގޮތަކަށް ރައީސް އެ ޖަލްސާގައި ބައްލަވާލެއްވިއެވެ.

    ރައީސް ވިދާޅުވި ކަންކަމުގެ ތެރޭގައި:-

    • ރާއްޖޭގައި އޮތް ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ކޯލިޝަން ދެމެހެއްޓެވުނު ކަމެވެ. ރައްޔިތުން އިންތިހާބު ކުރި ފަސް އަހަރުގެ ވެރިކަމުގައި ރައްޔިތުން 2018 ގައި ނިންމި ގޮތަށް ކޯލިޝަން ދެމެހެއްޓެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
    • ރައީސް ސޯލިހުގެ ވެރިކަމުގައި ސިޔާސީ ލީޑަރުން މިނިވަން ކަމާ އެކުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮތް ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
    • މަޖިލީހަށް ސިފައިން ވަދެ ނުހުއްޓުވާ ކަމަށާއި ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނާއި ފޮރިން މިނިސްޓަރު ޝާހިދު ފަދަ އެތައް ބޭފުޅުންނެއް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލިހުގެ މެމްބަރުންތަކެއް މަޖިލިހަށް ވެންނެވުމަށް ވަޑައިގަތުމުން ހިފައި ހައްޔަރުކޮށް އެ މެމްބަރުންނާ ދެކޮޅަށް ދައުވާ ކުރެއްވި ނަމަވެސް އެފަދަ ކަމެއް މިވެރިކަމުގައި ހިނގަފައި ނުވާކަން ފަހަގަ ކުރެއްވިއެވެ.
    • ރައީސް ސޯލިހުގެ ވެރިކަމުގައި ނޫސްވެރިންގެ ގަލަމުގައި ދޯރި ޖަހާން ނުޖެހޭ ކަމަށާއި ޓީވީ ޗެނަލްތައް ބަންދު ކުރަން އަންގަވާ އެއްވެސް ޗެނަލެއް ޖޫރިމަނާކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

    • ރާއްޖޭގެ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި އަސާސީ ހިދުމަތްތައް ލިބެމުންދާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރަށްރަށުގައި ފެނާއި ނަރުދަމާ އާއި ބަނދަރާއި މަގުތަކާއި ޓާޝަރީ ހޮސްޕިޓަލާއި މި ނޫން ވެސް ގިނަ ކަންކަން ހިނގަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ.
    • ސާވިސް ޗާޖާއި މިނިމަމް ވޭޖް ކަށަވަރުކޮށް ދެވިފައިވާ ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
    • އައްޑޫ ސިޓީ އަށް އާ ބަދަލުތަކެއް އަންނަ އިރު، ތިލަދުންމައްޗަށް އާ ދިރުމެއް އަންނަ ކަން ފާހަގަ ކުރެއްވިއެވެ.
    • މާލޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމަށް ރަނގަޅު ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

    ނަޝީދު، މަޖިލިހުގެ ޖަލްސާތައް ގަވައިދާ ހިލާފަށް ކުރިއަށް ގެންދަވައި މުޅި މަޖިލިހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި މަޖިލިހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް ވާގިވެރިވަމުންދާ ކަމަށް ވެސް އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވެއެވެ.

    ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރާ އެއް ތުހުމަތަކީ މަޖިލިހުގެ މެމްބަރުންނައި އިންޒާރު ދެއްވައި ފުރައްސާރަ ކުރެއްވުމެވެ.

    ]]>
    Mon, 10 Jul 2023 01:08:57 +0500 ހީރަސްނިއުސް
    ޕަރފޯމަންސް މިނެކިރުމަށް ފަހު ގޮތްނިންމާ: ރައީސް https://heerasnews.com/1608 https://heerasnews.com/1608 ސަރުކާރުތަކުގެ ޕަރފޯމަންސް މިނެކިރުމަށް ފަހު ރިޔާސީ އިންތިޚާބުގައި ގޮތެއް ކަނޑައެޅުއްވުމަށް ރައީސް މިއަދު ކޮމަންޑޫ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންނެވީ ވަރަށް ސާބިތުވެ ހުންނަވައެވެ. އެ މަނިކުފާނުގެ ޕާފޯމަންސް ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދައްކަވާލެއްވުމަށް ލިބިވަޑައިގެން 3 އަހަރުގެ މަސައްކަތްޕުޅަށް އޭ ރިޕޯޓް ކޮމަންޑު ރައްޔިތުން ދެއެވެ. ކޮވިޑްގެ އާލަމީ ވަބާއިން އަރައިގަނެ ރާއްޖެ ހަމަ މަގަށް އެޅުއްވި ގޮތް ކޮމަންޑޫ ރައްޔިތުން  ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. 

    އެހެން ކަމުން ކޮމަންޑޫ ރައްޔިތުންނަށްޓަކައި މަތިކޮމަންޑޫގައި އަސާސީ ހިދުމަތްތައް ޤާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވަމުން ރައީސް މިއަދު ވިދާޅުވީ ދެ ކޮމަންޑޫގެ ވާހަކަ ދެން އަޑު އިވޭނީ އެއް ކޮމަންޑޫގެ ގޮތުގައި ކަމަށެވެ.

    ރައީސް މިއަދު ވިދާޅުވީ ވަރަށް އަވަހަށް ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އެގޮތުން އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރ މާދަމާ ހއ. އިހަވަންދުއަށް ދާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކުމަށް ފަހު ދެން އަމާޒު ހިފާނީ ކޮމަންޑުއަށް ކަމަށް ރައީސް ވިދާޅުވިއެވެ.

    ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކޮމަންޑޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައެވެ.

    "ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅައިދޭނަން،" ރައީސް 

    ރައީސް މިއަދު ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ކޮމަންޑޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަށްވާނެކަމަށް ވެސް ވިދާޅުވިއެވެ. ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

    ]]>
    Sun, 09 Jul 2023 14:55:26 +0500 ހީރަސްނިއުސް
    ރައީސް ސޯލިހަށް ކޮމަންޑޫ މަރުހަބާ ދެންނެވީ ލޯބިން https://heerasnews.com/1607 https://heerasnews.com/1607 ރައީސް ސޯލިހު އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ށ. ކޮމަންޑޫއަށް ވަޑައިގަތުމުން އެރަށުން ދެންނެވި ހޫނު މަރުޙަބާއިން ދައްކައިދެނީ އޮތް ތާއީދެވެ. އެ މަނިކުފާނުގެ އިސްތިޤުބާލަށް ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަޙައްދަށް ނިކުމެ އެތިބީ ފިސާރި ލޯބިންނެވެ. އެ މަނިކުފާނަށް މަރުހަބާ ދަންނަވަން އެތިބިއްޔަކީ ސަރުކާރު ކުންފުނިތަކުގެ މުއައްޒަފުންނެއް ނޫނެވެ. ވަޑައިގެން އިރު ގެންދެވި ސަޕޯޓަރުންނެއްވެސް ނޫނެވެ. ކޮމަންޑޫގެ ކުދިބޮޑު އެތައް ރައްޔިތެކެވެ.

    ރޫޅިފައިވާ އިދިކޮޅު ފިކުރުގެ މީހުނަށް ހަޖަމެއް ނުވާނެއެވެ. ރައްޔިތުންގެ ލޯބި ރައީސް ހޯއްދަވަމުން އެގެންދަވަނީ އިހުލާސްތެރި ތެދުވެރި ހިދުމަތުންނެވެ. ޖަދަލުކުރުމާ ބަދަލު ހިފުމެއްނެތި ކުރިއަށް ނެރުއްވާ އޯގާތެރި ކެއްތެރި ސިޔާސަތުންނެވެ. ރައްޔިތުން ވެރިކަމަށް މީހަކު އިސްކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށެވެ. ރައްޔިތުންގެ ބޭނުންތަކާ އިހުސާސް ދެނެވަޑައިގެން ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނެވި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ކޮމަންޑު ގިނަ ރައްޔިތުން އެތިބީ އަތުކުރި އޮޅައިގެނެވެ. 
    ކޮމަންޑޫ ރައްޔިތުނަށް ބޭނުންވެގެން ފައސާފައިވާ ތަރައްގީގެ މަޝްރޫއުތައް އެހެން މީހަކު ހޮވައިގެން ހުއްޓޭކަށް ނުވަތަ ގެންނަ ބަދަލުތަކަކުން ލަސްވެ ދިގު ދެމޭކަށް ކޮމަންޑޫ ރައްޔިތުން ނޭދެއެވެ. އެކަން އަންނަ ރިޔާސީ އިންތިހަބުގައި ކޮމަނޑޫ ރައްޔިތުން އިދިކޮޅު ފިކުރުގެ މީހުނަށް ދައްކަލާނެއެވެ. ރާއްޖޭގައި އަށަގަންނަމުންދާ ސުލްހަ މަސަލަސް ކަން ގެއްލި އަހަރުތަކެއް ފަހަތަށް ސޮއްސާލާކަށް ކޮމަންޑޫ ރައްޔިތުން ނޭދެއެވެ. 

    ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އެ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެެވެ. ރައީސް ވަޑައިގަންނަވަނީ ކޮމަންޑޫ، މަރޮށި، ނޫމަރާގެ އިތުރުން ފޯކައިދުއަށެވެ. މި ދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި އަދި ނޫމަރާގައި ކަންމަތީ ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
    އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް ފޯކައިދޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސް ސޯލިހެވެ. އެ ޖަލްސާއަކީ އެ މަނިކުފާނުގެ ކެމްޕެއިން ފެށުމުގެ ގޮތުން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.
    ރައީސްގެ ދަތުރުފުޅުގައި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުއްލާ އާއި އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ހަމައެއާއެކު އެމްޑީޕީގެ އިސްބޭފުޅުންވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
    ]]>
    Sun, 09 Jul 2023 14:07:35 +0500 ހީރަސްނިއުސް
    ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަކީ ކުރަންޖެހޭ ކަމެއް: ރައީސް https://heerasnews.com/1605 https://heerasnews.com/1605 ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެހެން ވިދާޅުވީ ލިޔުންތެރިންގެ ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސް ކުރައްވާ މިއަދު ފޮނުއްވި މެސެޖެއްގައެވެ.

    ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވެފައި ވަނީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަމައެއާއި އެކު ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުވަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

    ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

    ރާއްޖޭގެ ލިޔުންތެރިކަމުގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަނީ ޖުލައި މަހުގެ އަށް ވަނަ ދުވަހު އެވެ. އެދުވަހަކީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ ނެރުނު ނޫސް ނެރުނު ދުވަސް ކަމަށް ބެލެވެއެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ނެރުނު ނޫހަކީ " ސަރުކާރުގެ ޚަބަރު" އެވެ. ސަރުކާރުގެ ހަބަރު ނެރެންފެށީ 1943 ގައި އަމީރު އަމީން ދީދީގެ މުހައްރިރު ކަމުގައެވެ. 

    ]]>
    Sat, 08 Jul 2023 11:58:21 +0500 ހީރަސްނިއުސް
    ޔާމީނު މަގުމަތިކޮށްލަން ޕީޕީއެމް&ޕީއެންސީ ތައްޔާރެއް ނޫން https://heerasnews.com/1599 https://heerasnews.com/1599 ޕިީޕީއެމުން ޔާމީނު ދޫކޮށްލާ ނަޝީދު ބުނާހާ ގޮތެއް ހަދާނެކަމަށް ހީވާ ވަރަށް ނަޝީދަށް ނަޝީދު އޮޅިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުރެގެން މަޖިލީހުގެ ތެރޭގައި އިދިކޮޅަށްވުރެ އިދިކޮޅުވެގެން ނަޝީދު އުޅޭތީ މަޖިލީހުގައި ތިބި ޕީޕީއެމް-ޕީއެންސީ މެންބަރުން ނަޝީދާ ވާހަކަ ދައްކާލާ އުޅޭތީ އެ މީހުންގެ ބޮލަށް އެރި ސަވާރު ވެވިދާނެއޭ ނަޝީދަށް ހީވީތާއެވެ.

    ބަލަގަ! ޕީޕީއެމް-ޕީއެންސީ މީހުން ވަކިން ރުޅިއަރާ ވަކީން ނަފްރަތުކުރާ އާދަމުގެ ދައިއެއް ނަޝީދު ނޫނީ އުޑުބަޅުކުރެއްވި ހިސާބުގައި ނުވެއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގެ ހިތް އޮތްލެއް ބޮޑުކަމުން ނަޝީދާ އެއް ބައިވެގެން ނެގެން އޮތް ފައިދާއެއް ނެގިޔަސް އެއްޔަކީ ނަޝީދުގެ މައްޗަށް ޕީޕީއެމުގެ ހިތްސާފު ވުމެއް ނޫނެވެ. 

    ނަޝީދަށް ލައްކައެކޭ ހީވެގެން އިންޑިއާ އައުޓު ހުއްޓާލަން ބުންޏަސް އެ މީހުން އެކަމެއް ނުހުއްޓާނެއެވެ. ޕީޕީއެމް އެއްކޮށް ގަނޑުކޮށް ހިފަހައްޓަން އެ މީހުން ބޭނުންކުރާ ޝިއާރަކީ އިންޑިއާ އައުޓެވެ. ހަގީގަތެއް އޮތަސް ނެތަސް އިންޑީއާ އައުޓަކީ ޕީޕީއެމްގެ ގޮވެއްޔެވެ. ނަޝީދު ބުނެގެން އެ މީހުންގެ ސްޓޭންޑް ބަދަލު ކުރުމުގައި ޕީޕީއެމަށް އޮތް މޮޅެއް ނެތެވެ. ނަޝީދު މޮޅުކަމުން ޕީޕީއެމް ލައްވާ އިންޑިއާ އައުޓް ހުއްޓުވި ކަމުގެ ބައިސާ ކަނޑަން ނަޝީދަކަށް އެފުރުސަތެއް އެ މީހުން ނުދޭނެއެވެ. 

    ޕީޕީއެމުން ރައީސް ޔާމީނު ދޫކޮށްލާ ނަޝީދު ބުނާގޮތް ހަދަން ނަޝީދަކީ ޕީޕީއެމަށް ކާކުހެއްޔެވެ. ރައީސް ޔާމީނަކީ ޕީޕީއެމް - ޕީއެންސީ ލީޑަރެވެ. އެ މީހުންގެ ރިޔާސީ ކެންޑިޑޭޓެވެ. ރައީސް ޔާމީނު ނޫން އެހެން މީހަކު ޕީޕީއެމް- ޕީއެންސީ އަކު ނުވިކޭނެއެވެ. ނަޝީދު ބުނާހާ މީހަކަށް ޕީޕީއެމް - ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭންޖެހޭ ސަބަބެއް އެ މީހުންނަކަށް ނުވިސްނެއެވެ. 

    ބޯގަޅިކަމުން އަމިއްލަ އަތުން ޕާޓީ ގެއްލި ސަޕޯޓަރުން ގެއްލި ނަޝީދު މަގުމަތި ވީހެން ރައީސް ޔާމީނު މަގުމަތި ކޮށްލާން ޕީޕީއެމް-ޕީއެންސީ އޮތީ ތައްޔާރަކަށް ނޫނެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމަން ބޭނުންވެގެން އެމްޑީޕީގެ ތެރޭގައި ހުރެ ކުޅުނު ކުޅިން ނަޝީދު މުޖުތަމައުގައި ބާކީވެ އެކަހެރިވެ އުމުރުން އައްޑިހައިން މައްޗަށް ގޮސްފައިވާ މައުމޫނަށް ވީވަރުވެސް ނުވެ ބާކީ ވުމުން އެހެން މީހުންނަށް ހަނދަންވީގޮތް ކިޔާ ދިނަސް އަޑުއަހާނެ މީހަކު ނެތެވެ. 

    ފުއްޕާފައި ފިކުރު ދިރުވަން ނިކުމެ އެއްކުރި ކަމަށް ބުނާ ފަންސާސް ހާސް މީހުންވީ ފައިތަޅާ ދަށުގައި ހެއްޔެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރާތީ ކަނޑާލި ކަމަށް ބުނި 39000 މީހުން މިއަދު ކޮބައިހެއްޔެވެ. ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ވޯޓުދިން 15000 މީހުން ވެސް ނަޝީދު ފަހަތަކަށް ނައިނޫން ހެއްޔެވެ. މަރަށް ފުރާނައަށް ރެޓުންނަށް 3000 މީހުން ހަމަކޮށްލެވުނީ ކިރިޔާއެވެ. ރައްޔިތުންގެ ތެރޭގައި މި ވަރަށް އިތުބާރު ގެއްލި ބާކީވެފާ ހުރި މީހަކު ޕީޕީއެމް- ޕީއެންސީއަށް ގޮތް ކިޔާތީ ބަޅުރުކު ކުދީން ހީހީފާ ކުރަނީ މަލާމާތެވެ.   

    ]]>
    Thu, 06 Jul 2023 16:11:36 +0500 ހީރަސްނިއުސް
    އަމްރަށް: ނޫސްވެރިކަމުގެ އިންޑެކްސްރޭޓް މަތިކޮށްދޭން އުޅޭނެކަމެއްނެތް https://heerasnews.com/1590 https://heerasnews.com/1590

    މީހަކު ސުވާލެއް ކުރާ އިރަށް މޭބޮޑުވެ ބަސްހުއްޓި އަނގައޮޅި ބަސްހުއްޓޭ މީހުން ޕްރެސްކޮންފަރެންސް ނުބާއްވާށެވެ. ނޫސްވެރިން ސުވާލު ކުރާނެއެވެ. ކުރާ ސުވާލަކީ ކޮންތާކުން ކާކު ބުނެގެން ކުރާ ސުވާލެއްތޯ ޖަވާބު ދިނުމުގައި ބަލާކަށް ނުޖެހެއެވެ. ސުވާލު ހަދާފައި ނޫސްވެރިންނަށް ސުވާލު ފޮނުވުމުގެ އާދަ ކަށީގައި ހިފާފައިތިބޭ އަމްރުމެން ކަހަލަ މީހުނަށް އެހެން ހީވެދާނެއެވެ. މިސްކިތު ހުޅު ޖެހުމޭ ކިޔަނީ އެހެންވީމައެވެ. 

    އަމުރުމެން ހީކުރާ ގޮތުގައި ނޫސްވެރިންނަކީ އަމިއްލައަށް ސުވާލެއް އުފައްދާ ލެވޭވަރުގެ ގާބިލު ކަމެއް ނެތް އަނދޮޅުންނެވެ. ބުނަން ހެއްޔެވެ. ރާއްޖޭގައި ކަންކަން ހިނގަނީ އެންމެންގެ ލޯމަތީގައެވެ. ވާނުވާ އެންމެނަށްމެ އެނގެއެވެ. އަމްރުމެން ފަސް އަހަރުގެ ދައުރަކުން ހަތަރު އަހަރު ވެރިކަމުގެ އާރާ ބާރުގައި ނެތް މޮޅު ހޯދަހޯދާ ހުއްޓާ ކަނޑާލީމާ ގެއްލުނު މޮޅުގެ އަސަރުގައި ހޭބުއްދި ނުފިލާ ހުރިކަން ރަނގަޅެވެ. ރުޅިގަދަވެ އަތްފައިން ގޯސް ނުހަދާ ހުރީތީ ޝުކުރުވެރިވަމެވެ. ހެދުންލަނީ އޮރިޔާން ނިވައިކުރާށެވެ. 

    އެކަމަކު ބުނަން ހެއްޔެވެ. ގެއްލުނު އަރާމާ ލައްޒަތުގެ ރުޅިގަނޑު ބާލައިލާނީ ނޫސްވެރިންނަކަށް ނޫނެވެ. ސަރުކާރުން އިސްކުރި މަގާމެއްގައި ހުރެ ސަރުކާރަށް ދޯކާދީ ސަރުކާރު ބަދުނާމު ކުރަން ހިތްވަރު ދީގެން މަގާމުން ވަކިކުރުވި ރެޓުންގެ ވެރިޔާއަށް ބަވާލިއްޔާ މާތަހިރު ވާނެއެވެ. މުސާރަޔާއި އިނާޔަތުގެ ގޮތުގައި މަހަކު ލައްކަ ލައްކައިން ލިބުނު ފައިސާ ގަނޑު ގެއްލުނީ އެހެން މީހަކު ކުރި ކަމަކުން ނޫނެވެ. ފުލުފުލުގައި ނޫސް ވެރިންނަށް ބެވިޔަސް ދެނެއް އެ މަގާމެއް ނުލިބޭނެއެވެ. 

    އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެގެން ހޭވި ހަޑިއެއް ހޭވީ އަމިއްލައަށެވެ. ތިޔަ ބުނާ ސްޕޮންސަރއެއް ނޫސްތަކަށް ދީފައި އިސްތިހާރު ނުޖަހަން އަމުރު އަމުރު ކުރަމުން އައީ ކާކުދެކެ ބިރުން ހެއްޔެވެ. ރެޓުންގެ ވެރިޔާ ރުއްސަންކަން ނޭނގޭ މީހަކު ނެތެވެ. މާކެޓިންގގެ ގޮތުގައާއި އިޖުތިމާއީ ޒިންމާގެ ދަށުން ނޫސްތަކަށް އެސްއޯއީ ތަކުން އެހީތެރި ވުމަކީ ރިޝްވަތުކަމަށް މިހާރު ސިފަ ކުރާން އުޅުނަސް އެކަމެއް ނުވާނެއެވެ. 

    އެސްޓީއޯގެ އެމްޑީކަމުގައި ހުރެ މާލޭން ގޯއްޗެއް ގަނެ މަސްލަހަތު ހިމެނޭ ކުންފުނިތަކަށް ހައްގުނޫން ވިޔަފާރި ހޯދަދީ އަމިއްލައަށް ހޭވި ހަޑީގެ ވާހަކަ ކަނޑާލީމާ ނިކުމެ އެހެން މީހުނަށް ނިސްބަތްކޮށް ދައްކަން ތާހިރެއް ނޫނެވެ. ސަރުކާރު ބަދުނާމު ކުރުމަށް ސަރުކާރު ތެރޭގައި ރެޓުން ތިބެގެން ނަޖާއިޒު ފައިދާ ނަގާ ބޮޑެތި ބޮޑެތި ޖަރީމާ ހިންގީމާ ކަނޑާލީމާ ގެއްލުނު ފުރާވަރާ ހެދި ރޮއި ހޭރޭނެ ކަމެއް ނެތެވެ. ރުޅިގަދަވެ އަތްފައި ބަޅާބޫޅި ކުރާނެ ކަމެއްނެތެވެ. ތިޔަހެން އަމުރުމެން އަރުވާ ފޮނަކުން ނޫސްވެރިންގެ ގަލަމުގައި ދޯރިއެއް ނުޖެއްސޭނެއެވެ. އަމްދަކުން ނޫސްވެރިކަމުގެ އިންޑެކްސް ރޭޓް މަތިކޮށްދޭން އަމްރު އުޅޭނެ ކަމެއްނެތެވެ.

    ]]>
    Tue, 04 Jul 2023 12:15:56 +0500 ހީރަސްނިއުސް
    އަފީފު ފިލީ އިދާރީ މޭޒުން ގޮވަގޮވާ އޮއްވާ https://heerasnews.com/1585 https://heerasnews.com/1585 މަޖިލީހުގެ ޖަލްސާ ފެށުނުތާ 10 ސިކުންތުތެރޭ މިއަދުގެ ޖަލްސާ ނިންމާލައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ހަސަން އަފީފް ފިލާ ރައްކާވެއްޖެއެވެ. އަފީފު ފިލާރައްކަވީ މަޖިލީހުގެ އިދާރީ މޭޒުން ގޮވަ ގޮވަ އޮއްވައެވެ. 

    ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓް އިޞްލާހުކުރަން ޖެހޭކަމަށް ބުނެ ދައުރުން ބޭރުން ބޭއްވެވި ޖަލްސާގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލީ ވަރަށް ހުދު މުހުތާރު ގޮތަކަށެވެ. ޖަލްސާ ފެށުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިނދެފައި ވިލުފުށި އަފީފް ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ބައެއް މެންބަރުން، އެމެންބަރުން ތަމްސީލު ކުރި ޕާޓީން ވަކިވެފައިވާތީ ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އަލުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. 

    އޭނާ އެ އިޝާރާތްކުރި ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ. އެ ދެމީހުން ވަނީ އެމްޑީޕީން ވަކިވެފައެވެ. އެހެން ބުނުމާއެކު އަފީފް ވަނީ ޖަލްސާ ނިންމާލާފައެވެ.

    ކުރު ނޯޓިސްއެއް ދިން ނަމަވެސް އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ހާޒިރުވެ ތިއްބައި މަޖިލީހުގެ ޖަލްސާ ފެށުނުތާ ގިނަ އިރުތަކެއް ނުވެ ކުއްލިއަކަށް ނިންމާލީ އިދާރީ މޭޒަށްވެސް ނޭގިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއެވެ. 

    މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހިފައިވަނީ އެމްޑީޕީގެ ބައެއް މެންބަރަކު އެޕާޓީން ވަކިވުމުން ކޮމިޓީތަކުގައި ޕާޓީތަކުގައި ޕާޓީތައް ތަމްސީލުކުރުމުގެ ނިސްބަތަށް އަންނާނެތީއެވެ.

    ]]>
    Mon, 03 Jul 2023 13:38:45 +0500 ހީރަސްނިއުސް
    ސްވިޑަންގައި ކީރިތި ޤުރުއާން ރޯކޮށްލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި! https://heerasnews.com/1582 https://heerasnews.com/1582 އަޟްޙާ ޢީދު ދުވަހާ ގުޅުވައިގެން ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

    މީގެ އެތައް އަހަރެއް ކުރިން ސްވިޑަންއަށް ފިލައިގެން ދިޔަ އިރާގުގެ އުމުރުން 37 އަހަރުގެ ސަލްވާން މޮމިކާ ވަނީ ސްޓޮކްހޯމްގެ މަރުކަޒީ މިސްކިތުގެ ބޭރުގައި މިދިޔަ ބުދަ ދުވަހު އިސްލާމީ  އެންމެ މަތިވެރި ފޮތްކަމައްވާ ޤުރުއާންގެ ސަފުހާތައް އިރާލައި ރޯކޮށްލައިފައެވެ.

    މި މީހާގެ މިއަމަލާއި ގުޅިގެން މިއަމަލު ކުށްވެރިކޮށް ދިވެހި ސަރުކާރުން މިވަނީ ބަޔާނެއް ނެރެފައެވެ. މިއަމަލު ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މި ވަރަށް ނިކަމެތި އަދި އިހާނެތި އަމަލެއް ތަކުރާރުވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގެއްލުންދޭ ކަމެއް ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް އެކަން އިންސާފުވެރި ނުކުރެވޭނެ" ކަމަށެވެ.

    އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މި ބިރުވެރި ޢަމަލުތަކުގެ ސަބަބުން، ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އުޞޫލުތައް ދެމެހެއްޓުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތަށް ބުރޫއަރާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އިސްލާމްދީނާ ޚިލާފު މިފަދަ ހުތުރު އަމަލުތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާފައިވެއެވެ.

    ބުދަ ދުވަހު ގުރުއާން އަންދާލުން ހިނގާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން އަޟްހާ އީދުގެ ފުރަތަމަ ދުވަސް ފާހަގަކުރަމުން ދަނިކޮށެވެ.

    ]]>
    Fri, 30 Jun 2023 15:04:18 +0500 އުރޫ
    ރައީސްގެ ދެކަބަލުން މިފަހަރުގެ އީދަށް ތޮއްޑޫއަށް! https://heerasnews.com/1576 https://heerasnews.com/1576 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އިބްރާހީމް ތޮއްޑޫއަށް ޢީދު ގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ވަޑައިގެންފިއެވެ.

    ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގަތުމުން އެރަށުރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެމީހުންނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

    އީދު ގެ މުނާސަބަތުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގިނަ ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު މެންދުރު ފަހު ތޮއްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މެންދުރުގެ ފަރިއްކޮޅާއި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

    ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ތޮއްޑޫގައި ބާއްވާ މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި މިރޭ ހުރިހާ އުމުރުފުރައަކަށް ހާއްސަކޮށްގެން ބާއްވާ މިއުޒިކް ޝޯއެއް ވެސް ހިމެނެއެވެ.

    ތޮއްޑޫ ކައުންސިލުން ބުނީ މިއަހަރު އަޟްހާ އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

    ]]>
    Thu, 29 Jun 2023 12:54:52 +0500 އުރޫ
    ރާއްޖޭގެ ހަމަޖެހުމަށް ބޭނުންވަނީ ރައީސް ސާލިހު: އިމްރާން https://heerasnews.com/1571 https://heerasnews.com/1571 މިދުވަސްވަރަކީ ރާއްޖޭގައި އެންމެ ވަރުގަދައަށް ރިޔާސީ ވާދަވެރިކަން ހިނގަމުންދާ ދުވަސްވަރަކައް ވުމުން ސިޔާސީގޮތުން ފުންނާބުއުސް ގިނަ ބޭފުޅުންގެންދަވަނީ އެބޭފުޅެއްގެ ސިޔާސީ ފިކުރުތަށް އެކި އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ. އެގޮތުން މިސަރުކާރުގެ ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިވަނީ އެމަކުފާނުގެ ސިޔާސީ ފިކުރުތައް ރޭ ޓުވިޓާރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

    ރާއްޖެއަށް ބޭނުންވަނީ ހަމަޖެހުންކަމަށާއި، އެކަން ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

    އިމުރާންގެ ޓުވިޓާރ އެކައުންޓުންކުރި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މިއަދުގެ ހާލަތަށް އެންމެ ބޭނުންވަނީ ޤައުމުގެ ހަމަޖެހުމާއި މަސްލަހަތުކަމަށެވެ. އަދި އެކަން ކަށަވަރުކުރެވޭނީ ރައީސް ސާލިހަށް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ވުމާއި އެކު  ރާއްޖޭގައި ހަމަޖެހުން ގާއިމުކުރަން ބޭނުންނަމަ ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރަންޖެހޭނެ ކަމައްވެސް އިމުރާން ހާމަކޮއްފައިވެއެވެ.

    އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

    ]]>
    Mon, 26 Jun 2023 15:59:21 +0500 އުރޫ
    ގޯތި ލިބޭ މީހުން ލިސްޓް އިއުލާނުކުރުން މިއަދު! https://heerasnews.com/1570 https://heerasnews.com/1570 މިއަދު " ދަ ޕްރެޒިޑެންޓްސް އޮފީސް" ރައިސް އޮފީހުން ކޮއްފައިވާ ޓުވިޓާގައި ބުނެފައިވާގޮތުން ބިންވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތު ޙިއްޞާކުރުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އަދި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރުން މިއަދު 16:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.

    މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުންވެސް ގޯތިދިނުމަށް ނިންމައި ރައީސް ޞާލިޙްވަނީ އެކަން އިއުލާނު ކުރައްވާފައިވެއެވެ.

    މިގޮތުން ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ހުށައެޅި 15،164 ފޯމް ހިމެނެއެވެ. އޭގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ ފުލެޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ ފުލެޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.

    ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. މީގެ އިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

    ]]>
    Mon, 26 Jun 2023 15:05:41 +0500 އުރޫ
    ނުފޫޒު ފޯރުވުމަކީ މިހާތަނަށް ވެސް ކުރި ކަމެއް ނޫން. ދެންވެސް ނުކުރާނަން: ރައިސް ސާލިހު https://heerasnews.com/1566 https://heerasnews.com/1566 ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރެއްވުމަށް ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު  ދެއްވި ބަސްތީގަތުމުގައި  އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނު ހުންނަވަނީ ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ކަމަށެވެ.

    "އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި، ގާނޫނުން ބޭރަކަށް ނުދާނަން، އެއީ ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިއަސް އެއީ އެބޭފުޅެއްގެ ކަމެއް. އަޅުގަނޑެއް ހަމަގައިމު ވެސް ގާނޫނު އަސާސީން ބޭރަކަށް ނުދާނަން،"

    ރައިސް ސާލިހު މިހެން ވިދާޅުވެފައި މިވަނީ ވިލާ ގްރޫޕަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާތީ އެޕާޓީގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ނުރުހުންފާޅު ކުރައްވައި އެފަޅު ވިއްކުން ހުއްޓުވާފައި ވަނީ ސީދާ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކަމައްވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

    މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅުއްވާ ކަމަށާއި އަދި އެއީ މި ސަރުކާރުން ކުރާނެ ކަމެއް ނޫކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

    "މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިހާތަނަށް ވެސް ކުރި ކަމެއް ނޫން. އަދި ވެސް ނުކުރާނަން. އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި." ރައީސް ވިދާޅުވިއެވެ.

    ދުސްތޫރީ މިންގަނޑަށް ވުރެ އިތުރަށް ކަންކަން ކުރައްވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމަށް ކުރާ ހުރިހާ ތުހުމަތެއް ރައިސް ވަނީ ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ޕާޓީގެ މީހެއް ކަމަށް ވިޔަސް އަދި އާއިލާގެ މީހެއް ކަމަށް ވިޔަސް ގާނޫނު އަސާސީން ބޭރަށް އެ މަނިކުފާނަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.

    ]]>
    Sun, 25 Jun 2023 19:34:56 +0500 އުރޫ
    މަޖިލީހުގައި އެމްޑީޕީ މެންބަރުންގެ އަދަދު 54އަށް https://heerasnews.com/1564 https://heerasnews.com/1564 ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރި 13 މެންބަރަކު އެމްޑީޕީން ވަކިވީ ހުސްވި މަހުއެވެ. އޭގެފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އައްޑޫ ހިތަދޫ މެންބަރެއް ކަމުގައިވާ އަހުމަދު ރަޝީދު (އަރާއިރު) ވެސް ވަނީ އެމްޑީޕީން ވަކިވެފައެވެ. 15 މެންބަރުން އެމްޑީޕީ ވަކިވިޔަސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.

    15 މެންބަރަކު ވަކިވެ ވަޑައިގަތަސް އިތުރު ދެ މެންބަރަކު އެމްޑީޕީއާ ވަނީ މިހާރު ގުޅިވަޑައިގެންފައެވެ. ފ. ނިލަންދޫ ދައިރާގެ މެންބަރު ޖޭފޯ އެމްޑީޕީއާ ގުޅިވަޑައިގެންތާ މާގިނަ ދުވަހެއް ނުވެ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު އެމްޑީޕީއާއި މިއަދު ގުޅިވަޑައިގެން މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ މެންބަރުންގެ އަދަދު 54 އަށް ވަނީ ބަދަލު ކޮށްލާފައެވެ. އަދިވެސް އިތުރު މެންބަރުން ގުޅިވަޑައިގަންނަވަނެ ކަމަށް ރައީސް ސޯލިހު ޔަގީން ކުރައްވައެވެ. 

    ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު މެމްބަރުޝިޕް ފޯމް ހަވާލު ކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރަހީމް މުހައްމަދު ސޯލިހާއެވެ. ކުލަގަދަ ރަސްމިއްޔާތެއްގައެވެ. ރައީސް ސޯލިހު ޖާބިރު ސިފަ ކުރައްވަނީ ޒުވާނުންގެ ލީޑަރގެ ގޮތުގައެވެ. 

    އެމްޑީޕީއާ ޖާބިރު ގުޅިވަޑައިގަތުމުގެ ދައުވަތު ދެއްވީ އެމްޑީޕީގެ ޗެއާރ ޕާސަން ފައްޔާޒް އިސްމާއިލެވެ. ޖާބިރަށް އެ ދައުވަތު ފައްޔަޒު ދެއްވީ އެމްޑީޕީ ދެން ހިންގަވާނީ ޖާބިރު ކަަމަށް ވިދަޅުވެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި މަލާމަތަކާ ގުޅިގެންނެވެ. 

    އެމްޑީޕީއަށް ސޮއެކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ، މި ވެރިކަމުގައި ރާއްޖެއަށް ތަރައްގީ ގެނެސްދީފި ކަމަށެވެ. ކޮންމެ ރަށަކީ މިހާރު ރިސޯޓެއް ކަމަށާއި ރައްޔިތުންގެ ތާއީދު އޮންނާނީ ރަށްތައް ފައިވް ސްޓާ ފެންވަރުކޮށްދިން ވެރިޔަކަށް ކަމަށެވެ. 

    ރާއްޖޭގެ ރައީސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދިވެސް ހޮވަން ބޭނުންފުޅުވެ ވަޑައިގަންނަވާތީ އެ ޕްލެޓްފޯމުގައި މަސައްކަތް ކުރައްވަން އަނބުރާ އެމްޑީޕީއަށް ވަޑައިގެން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ފުލްކެޕޭސިޓީގައި އެ މަސައްކަތް ކުރައްވާނެ ކަމަށާއި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވި ވަޑައިގަންނަވާނެ ކަމަށް %100 ޔަގީން ކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. 

    ]]>
    Sun, 25 Jun 2023 13:58:56 +0500 ހީރަސްނިއުސް
    ރައީސް ވައުދުވެ ވަޑައިގެން މަކުނުދޫ އެއަރޕޯޓް ހަގީގަތަކަށް https://heerasnews.com/1557 https://heerasnews.com/1557 ހދ. މަކުނުދޫގައި ތަރައްޤީ ކުރުމަށް ރައީސް ވައުދުވެ ވަޑައިގެން އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. ހދ. މަކުނުދޫގައި އެއާޕޯޓް ތަރައްޤީ ކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައި ވާކަން ރައީސް އިއުލާން ކުރެއްވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ޖެނުއަރީ މަހު ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

    ހދ. މަކުނުދޫގައި އަޅާ އެއަރޕޯޓްގައި 1500 މީޓަރުގެ ރަންވޭއެއް އޮންނާނެއެވެ. ހަމައެއާއިއެކު އެއަރޕޯޓެއްގައި ގާއިމުކުރަން ޖެހޭ ހުރިހާ ވަސީލަތަކާއި ހިދުމަތެއް މަކުނުދޫ އެއަރޕޯޓްގައި ގާއިމުކުރާނެއެވެ.

    މަސައްކަތާއި ގުޅޭ އިދާރީ ހުރިހާ މަސައްކަތްތައް ނިންމާލުމަށްފަހު މިހާރު ވަނީ އެއަރޕޯޓް ތަރައްްޤީ ކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބަޔަކާއި ހަވާލުކޮށްފައެވެ. މަޝްރޫޢު ޙަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 

    މަކުނުދޫ އެއަރޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. ހިއްކާ ސަރަޙައްދު ހިމާޔަތް ކުރުމުގެގޮތުން 3493 މީޓަރުގެ ރިވެޓްމަންޓް ޖެހުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

    މަކުނުދޫ ބިން ހިއްކުމުގެ މަޝްރޫޢު ބިގްފިޝް މޯލްޑިވްސްއިން 366 ދުވަހުން ނިންމާނެއެވެ. މަޝްރޫޢަށް ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. މަކުނުދޫގައި އެއަރޕޯޓް އަޅަނީ ރަށުގެ ދެކުނު ފަރާތުން ބިން ހިއްކައިގެންނެވެ.

    މަކުނުދު އަކީ ޒަމާނުއްސުރެ ރާއްޖޭގައި ދަތުރުފަތުރުގެ ދަތިކަން އެންމެ ބޮޑަށް އޮތް އެއް ރަށެވެ. ކައިރީގައި އިތުރު ރަށެއް ނެތުމާއި، އެ ރަށް އޮތް ހިސާބުގެ ސަބަބުން އެ ސަރަޙައްދަކީ އެހެން ރަށްރަށަށް ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ސަރަޙައްދެއް ނޫނެވެ. އެރަށަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ހިދުމަތަކީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެކެވެ.

    ]]>
    Fri, 23 Jun 2023 19:37:29 +0500 ހީރަސްނިއުސް
    މަޖިލީހުގެ އިތުބާރުނެތް ރައީސް ރިޔާސަތު އެބިއުޒްކުރުން މެކުހަށް https://heerasnews.com/1549 https://heerasnews.com/1549 ރައްޔިތުންގެ މަޖިލިހުގެ ދައުރު އިތުރު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި އެމްޑީޕީ މެންބަރުން މަޖިލީހުގެ ފްލޯރގައި މިއަދުގެ ތަކުރާރުކޮށް ވަނީ ހުށަހަޅާފައެވެ. މަޖިލީހުގައި ހުރި މުހިންމު މައްސަލަތައް ނުނިންމާ މަޖިލިސް ޗުއްޓިއަށް ނުދިއުމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ރިޔާސަތަށް ހުށަހެޅުއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ އިތުބާރު ނެތް ރައީސް އެކަމަށް ދެއްވަނީ ބީރު ކަންފަތެވެ.  

    މަޖިލިސް ކުރިއަށް ދިޔަނުދިނުމަށާއި ހުށަހެޅިފައި ހުރި ކަންކަން ނުނިންމުގެ ބަހަނާއަކަށް ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ދައުރު އިތުރު ކުރެވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށެވެ. ރިޔާސަތުގެ ތެދުވެރިކަމެއް އިހުލާސްތެރި ނިޔަތެއް ނެތެވެ. މުހިންމު އެތައް ކަމެއް ނިންމަން މަޖުބޫރުވެފައި އޮތް އިރުވެސް އިތުބާރުނެތް ރައީސް އެ ވިދާޅުވަނީ މަޖިލީހުގެ ދައރު ދަންމާ ލެވޭނީ ރިޔާސަތުން އެދިގެން ކަމަށެވެ. 

    ބޮޑެތި މުހިންމު ކަންކަން ހުއްޓާ އެކަންކަން ނުކޮށް މަޖިލިސް ޗުއްޓިއަށް ދިޔުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގެން އިންނެވި ވަރު އެކަމުން ސާފެވެ. މަޖިލިސް ގައި މަރު ތަޅު އަޅުއްވައިގެން އުޅުއްވީ ކޮން ބޭފުޅެއް ކީއްވެ ކަންވެން ވެސް ރައްޔިތުންނަށް ސާފެވެ. މަޖިލީހުގެ ޖަލްސާތައް ހުއްޓާނުލާ ކުރިއަށް ގެންގޮސްފިނަމަ ރިޔާސަތުގެ ގޮނޑި ރައީސް ނަޝީދަށް ގެއްލޭނެކަން އެނގި ވަޑައި ގަންނަވާތީ މަޖިލިސް ހުއްޓުވާފައި ބޭއްވުމަކީ ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތެވެ. 

    މަޖިލީހުގެ ދާއިމީ ކޮމެޓީތައް އަލުން ތަރުތީބު ކުރެވޭއިރު ކޮމެޓީތަކުގެ މުގައްރިރު ކަމުގައި ކުރިން ތިއްބެވި ރައީސް ނަޝީދުގެ ވަފާތެރިންނަށް ކޮމެޓީތަކުގެ މުގައްރިރުކަން ގެއްލޭނެއެވެ. އިމްތިޔާޒް ފަހުމީއާއި ހަސަންލަތީފާއި ހަސަން އަފީފާއި އިލްޔާސް ލަބީބް ފަދަ ކުރިން މުގައްރިރުކަމުގައި ތިއްބެވި ބޭފުޅުންނަށް މަގާމް ގެއްލުމަކީ ރައީސް ނަޝީދަށް ކެތްކުރެއްވޭނެ ކަމެއް ނޫނެވެ. 

    ރައީސް ނަޝީދު އިސްވެ ހުންނަވާ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ދެވަޒީރުންނަށް މަޖިލީހުގެ އިތުބާރު އޮތްކަމަށް ފާސްވެގެން ދާތަން ފެނުމަކީ ރައީސް ނަޝީދަށް ހަޖަމް ކުރެއްވޭނެ ކަމެއް ނޫނެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް މަޖިލީހުގެ އިތުބާރު ކަށަވަރު ވުމަކީ ވާދަވެރިން އެދޭނެ ގޮތެއް ނޫނެވެ. 

    މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އަށް މަޖިލީހުގެ އިތުބާރު ގެއްލި ބޮޑު އަގުލަބިއްޔަތަކުން އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަކީ ކެނެރީ ލެހިނގާ ކޮންމެ މީހެއްގެލޮލުން ލޭކަރުނަ ފާއްދާލާނެ ކަމެކެވެ. ރާއްޖޭގެ ސިޔާސީ މުސްތަގުބަލު  ކަނޑައަޅަން ކެނެރީ ކިޗަން ކެބިނެޓަށް އޮތް ފުރުސަތު ގެއްލިގެން ހިނގައްޖެ ކަމަށް ގަބޫލު ކުރެވުމަކީ ރައީސް ނަޝީދުގެ ސިޔާސީ  ހަކަތަ ހުސްވުމުގެ އަލާމާތެކެވެ. 

    މަޖިލީހުގެ އިތުބާރު ގެއްލިފައި އޮތް ރައީސަކަށްވެ ހުރެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓަށްނާހާ ކުރެއްވެން އޮތް ލަހެއް ކުރައްވާނެއެވެ. ޒާތްޒާތުގެ ހަމަ އަޅުއްވައިގެން މަޖިލިސް ކުރިއަށް ދިޔަ ނުދެއްވަން އެ ކުރައްވަނީ އެ މަސައްކަތެވެ. މަޖިލީހުގެ ރައީސްކަން ގެއްލި ލިބި ވަޑައި ގަންނަވާ މުސާރައާއި ބޮޑު އިނާޔަތާއި އޮތް ބޮޑުބާރާއި މުރައިދޫ ގަނޑުވަރު ގެއްލެން ރުހެވޭނީ ކިހިނެއް ހެއްޔެވެ. ނުރުހެވޭނެއެވެ. ވެވެން އޮތްގޮތަކުން މަޖިލިސް ހުއްޓުވާފައި ބޭއްވުމަކީ ރައީސް ނަޝީދުގެ އަމިއްލަ އެދުމުން ފޯވެފައިވާ ހީލަތްތެރި އެޖެންޑާއެވެ.

    ދައުރު ދަންމާލުމަށް މެންބަރުން އެދުމުން ރިޔާސަތަށް އޮންނާނީ މެންބަރުން ދެކޭގޮތް ބެލުމެވެ. އެއްވެސް ވަރަކަށް މަޖިލިސް ކުރިއަށް ގެންދިޔުމުގެ ނިޔަތް އޮތް ނަމަ މެންބަރުން އެދުމުން ރިޔާސަތުން ހުށަހަޅައިގެންވެސް ދައުރު ދަންމާލާ ހުށަހެޅިފައި ހުރި މުހިންމު ކަންކަން ނިންމީހެވެ. އެހެނަސް މަޖިލީހުގެ އިތުބާރުނެތް ރައީސް ރިޔާސަތު އެބިއުޒް ކުރުން އެހުރީ މެކުހުގައެވެ.

    ]]>
    Thu, 22 Jun 2023 12:47:05 +0500 ހީރަސްނިއުސް
    ވަރަށް ހިތާމަވެރި ދުވަހެއް : ފައްޔާޒު https://heerasnews.com/1545 https://heerasnews.com/1545 އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްްޑީޕީން ވަކިވުމަކީ ލިބުނު ހިތާމައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

    ފައްޔާޒް ވިދާޅުވީ މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. ނަމަވެސް، ރައީސް ނަޝީދުގެ އެ ނިންމުމާއެކު އެހެން ޕާޓީތަކަށް އެ ޕާޓީތަކުން ބޭނުންވާ މަގުން ދިއުމަށް މިއަދު ފާލެއް އެޅުނީ ކަމަށް ފަޔާ ދެކި ވަޑައިގަންނަވައެވެ..

    ރައީސް ނަޝީދު އެމްޑީޕީގައި ހުންނަވައިގެން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ތަކަށްޓަކައި ފައްޔާޒް ރައީސް ނަޝީދަށް ޝުކުރު ދެންނެވި އެވެ.

    އެމްޑީޕީއާއި ފައްޔާޒުގެ ފަރާތްޕުޅުން ރައީސް ނަޝީދަށް ކާމިޔާބީއަށް ފައްޔާޒް އެދިވަޑައިގަންނަވައެވެ.

    ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމްޑީޕީގައި ރައީސް ނަޝީދު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ނަޝީދު ދެކިވަޑައި ގަންނަވައެވެ.

    ]]>
    Wed, 21 Jun 2023 17:54:32 +0500 Chief Editor
    ޒިންމާ ނުއުފުލަންޏާ ނަޝީދު އިސްތިއުފާ ދެއްވާ: އަސްލަމް https://heerasnews.com/1541 https://heerasnews.com/1541 ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވެންޏާ ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް މިއަދު ގޮވާ ލައްވައިފިއެވެ. އަސްލަމް އެހެން ވިދާޅުވީ ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ. 

    މެންބަރ އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގައި ހުންނެވުމަށް އަސްލަމް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެއީ މަޖިލީހުގެ ރައީސް ކަމުގެ ޒިންމާތައް އުފުއްލަވާ ނަމަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ޕީޖީ ލީޑަރ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު އެމްޑީޕީ ޕީޖީ ގްރޫޕަށް މިހާރު ވަނީ ގެއްލިފައެވެ. 

    އަސްލަމް ވިދަޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ އެއްފަހަރާ ނޫންކަމަށާއި އެއްފަހަރާ އެއްދުވަހު ވެއްދި ނަމަވެސް ވަކި ދެ ޖަލްސާގެ ގޮތުގައި ދެޖަލްސާ ބާއްވައިގެން ވެސް މަޖިލިސް ހުއްޓާ ނުލާ ކުރިއަށް ގެންދިޔުމުގެ ފުރުސަތު އޮތްކަމަށް އޭނާ ވިދާޅުވިއެވެ. 

    މަޖިލިސް ހުއްޓުވައިގެން އުޅުއްވަނީ ރައީސް ނަޝީދުކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ. ކޮމެޓީތަކުގެ މައްސަލަ އެޖެންޑާ ނުކުރެއްވުމާއި ގަވާއިދު އިސްލާހުކުރުމުގެ މައްސަލައާއި އެނޫންވެސް އެތައް ކަމެއް އަސްލަމް ފާހަގަ ކުރެއްވިއެވެ. 

    ރިޔާސަތު ބަލަހައްޓާން ކަނޑައަޅާފައި ތިއްބަވާ މެންބަރުންނަށް ވިދިވިދިގެން 3 ޖަލްސާއަށް ފަހު އެމެންބަރުން ލައްވާ މަޖިލިސް ހިންގިދާނެ ގޮތެއްގެ މިސާލު ވެސް އަސްލަމް ދެއްވިއެވެ. ރައީސް ޖަލްސާއެއް ފައްޓަވާ ދެއްވުމަށް ފަހު އެއިން މެންބަރަކާ ޖަލްސާގެ ރިޔާސަތު ހަވާލު ކުރުމަކީ ވެސް ކުރެއްވޭނެ ގޮތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. 

    އަސްލަމު ވިދާޅުވި ގޮތުގައި މަޖިލިސް ކުރިއަށް ގެންދިޔުމަށް ހައްލެއް ނުހޯއްދަވައިފި ނަމަ ސްޕްރީމް ކޯޓަށް ވެސް ވަޑައިގަންނަވާނެއެވެ. 

    ]]>
    Tue, 20 Jun 2023 17:53:08 +0500 ހީރަސްނިއުސް
    ޑިމޮކްރެޓުންގެ ރެއިންބޯ ހައްގު https://heerasnews.com/1537 https://heerasnews.com/1537 އެމެރިކާގައި ޑިމޮކްރެޓިކް ޕާޓީއަކީ އެމެރިކާގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެކެވެ. އެ ޕާޓީގެ ޕްލެޓްފޯމްގައި ގިނަ މަސްލަހަތުތަކާއި ސިޔާސަތުތައް ހިމެނެއެވެ. ޑިމޮކްރެޓިކް ޕާޓީން އާންމުކޮށް އެލްޖީބީޓީކިޔޫ ހައްގުތަކާއި ހަމަހަމަކަމަށް ތާއީދު ކުރެއެވެ. އެހެނަސް ޕާޓީގެ ސްޓޭންޑެއްގެ ގޮތުގައި އެއްޖިންސުން ގުޅުން ހިންގުން ވަކިން ޕްރޮމޯޓް ކޮށް ހިތްވަރެއް ނުދެއެވެ.

    ޑިމޮކްރެޓިކް ޕާޓީއަކީ ތާރީހީ ގޮތުން އެލްޖީބީޓީކިޔޫ ހައްގުތަކަށް ވަކާލާތު ކުރުމުގައި ހަރަކާތްތެރިވާ ޕާޓީއެކެވެ. ކައިވެނީގެ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ރައްކާތެރިކަން ފަދަ ސިޔާސަތުތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޕާޓީއެކެވެ. ޑިމޮކްރެޓުންގެ ގިނަ ބަޔަކު ވަނީ އެލްޖީބީޓީކިޔޫ ފަރުދުންނަށް ހަމަހަމަ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަމާޒުކޮށްގެން އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދުކޮށްފައެވެ.

    ޑިމޮކްރެޓިކް ޕާޓީއަކީ، ކޮންމެ ސިޔާސީ ޕާޓީއެކޭ އެއްފަދައިން ތަފާތު ވިސްނުމާއި ޚިޔާލު ތަފާތު ފަރުދުންގެ މައްޗަށް އެކުލެވިގެންވާ ޕާޓީއެއްކަން ފާހަގަ ކުރުން މުހިންމެވެ. ޕާޓީގެ ޕްލެޓް ފޯމުން އާންމުކޮށް އެލްޖީބީޓީކިޔޫ ހައްގުތަކަށް ތާއީދުކުރާއިރު ވަކިވަކި ޑިމޮކްރެޓުންގެ ވިސްނުން އެއްޖިންސުން ގުޅުން ހިންގުމާ ނުވަތަ އެލްޖީބީޓީކިޔޫ ހައްގުތަކާ ގުޅޭ ވަކި މައްސަލަތަކުގައި ތަފާތު ވެދާނެއެވެ. އެކި ސިޔާސީ ބޭފުޅުންގެ ސިޔާސަތު ތަކާއި މަގާމުތައް ނުވަތަ ޚުދު ޕާޓީގެ ޕްލެޓްފޯމްގެ މައްޗަށް ދިރާސާކޮށް އެކި މައްސަލަތަކުގައި އެ ބޭފުޅުންގެ ވިސްނުން އިތުރަށް ފުރިހަމައަށް ދެނެގަތުމަކީ އަބަދުވެސް ރަނގަޅު ކަމެކެވެ.

    ދިވެހިރާއްޖޭގެ ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވާ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުން ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނީ މެއި 24 ގައެވެ. އެއާ އެކު އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ޕާޓީއިން ވަނީ ފަށާފައެވެ.

    ރާއްޖޭގައި ދަ ޑިމޮކްރެޓްސް އުފައްދަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާރޓީގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވެއެވެ. އެމެރިކާގެ ޑިމޮކްރެޓްސް އަކީ އެލްޖީބީޓީކިޔޫ ހައްގުތަކަށް ވަކާލާތު ކުރުމުގައި ހަރަކާތްތެރިވާ ޕާޓީއެކެވެ. އެހެން ކަމަށް ވާނަމަ ދަ ޑިމޮކްރެޓްސް އަކީ އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ޕާޓީއަކަށް ވެދާނެހެއްޔެވެ.

    ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދުގެ މަސްލަހަތުގައި ނަޝީދުގެ ފިކުރު ދިރުވަން އުފައްދާ ޕާޓީއެއް ކަމާމެދަކު ޝައްކެއް ނެތެވެ. ރައީސް ނަޝީދުގެ ވަށައިގެން ހުރި ކަންކަމަށް ބަލާލުމުން އެލްޖީބީޓީކިޔޫ އަށް ތާއީދު ކުރައްވާކަމަށް ގަބޫލު ކުރެވޭ ހެކިތައް އެބަހުއްޓެވެ.

    ރައީސް ނަޝީދާ ދެބެންގެ ދެދަރި އައިޝާ ވެރޯލް ނިއުޒީލޭންޑްގައި އެލްޖީބީޓީ ޕްރޮމޯޓް ކުރައްވައެވެ. އައިޝާ ވެރޯލް އަކީ އަންހެނެކެވެ. ނިއުޒިލެންޑްގެ ވަޒީރެކެވެ. ކައިވެނި ބައްލަވައިގެން އުޅުއްވަނީ ވެސް އެއްޖިންސުންނެވެ. އެލިސް ރެވެލް ކިޔާ އަންހެނަކާއެވެ. އެ މުޑުދާރު އަމަލު ކުރުމުގައި އައިޝާ ވެރޯލް ދެމިހުންނަވާއިރު އާއިލީ އަދި ސިޔާސީ ބަދަހިގުޅުން ރައީސް ނަޝީދާއި އަދި މުޅި އެ އާއިލާ އައިޝާ ވެރޯލްއާއި އެކު ބަރާބަރަށް އޮވެއެވެ. 

    އަނެއް ކޮޅުން ދާދިފަހުން ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވަނީ ފާޅުކަން ބޮޑުކޮށް އެއްޖިއްސުން ގުޅުން ހިންގިކަން ސާބިތުވެފައެވެ. ފުޅާ ދާއިރާއެއްގައި މަތީފެންވަރެއްގައި ދާދިފަހުން އެއްޖިންސުން ގުޅުން ހިންގާފައިވާ އެ ހަނޑި މުޑުދާރު އަމަލު ރައީސް ނަޝީދުގެ ޢައިލާގެ ތެރޭގައި އޮތްކަން ސާބިތުވުމުން ދަ ޑިމޮކްރެޓްސްއަކީ އެލްޖީބީޓީއާއި ދެކޮޅު ނުހެދޭނެ ބައެއްކަމަށް ބުނާނެ ޖާގަ އެބައޮތެވެ. 

    ]]>
    Tue, 20 Jun 2023 09:57:57 +0500 ޒުރޫ
    ތުޅާދޫ ހިޔާވަހި ކަމަށް ބޮޑުލުޔެއް https://heerasnews.com/1534 https://heerasnews.com/1534

    ބޯ ހިޔާވަހި ކަމުގެ ދަތިކަން ޒަމާނުއްސުރެ އެންމެ ބޮޑަށް ތަހައްމަލު ކުރަމުން އައި އެއްރަށަކީ ބ. ތުޅާދޫއެވެ. ރައީސް ސޯލިހުގެ ހަމަހަމަ ސިޔާސަތުގެ ތެރެއިން ތުޅާދޫ އެކަހެރިއެއް ނުކުރައްވައެވެ. ކުރީން ދެފަހަރެއްގެ މަތީން 50 ހައުސިންގ ޔުނިޓް ތުޅާދޫގައި އަޅާދީފައި ހުއްޓަސް އެކަމުން މާ ބޮޑު ލުޔެއް އެރަށު ރައްޔިތުންނަކަށް ނުލިބެއވެ. 

    ރައީސް ސޯލިހުގެ ހެޔޮ ވެރިކަން ފެށުމާއެކު ހިޔާވަހިކަމުގެ މަޝްރޫއެއް ތުޅާދޫގައި ހިންގަވަން ފެއްޓެވިއެވެ. 100 ހައުސިންގ ޔުނިޓް މަޝްރޫއެކެވެ. ކޮންމެ ހައުސިންގ ޔުނިޓަކީ 1000 އަކަފޫޓް ބޮޑު މިނުގެ 3 ކޮޓަރީގެ ހައުސިންގ ޔުނިޓެކެވެ.

    ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް ވެސް ތުޅާދޫ ކައުންސިލުން ގެންނަން އެދުނު ބަދަލުތައް ހައުސިން ޔުނިޓްތަކަށް ގެނެސްގެން މުޅި މަސައްކަތް އެ ވަނީ ނިމުމަކަށް ގެނެސްފައެވެ. މިހާރު ކުރަމުން ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.

    ތުޅާދޫގައި ބިނާކުރި 100 ހައުސިންގ ޔުނިޓްގައި އެހެން ތަފާތު ކަމެއްވެސް އެކުލެވިފައިވެއެވެ. ތުޅާދޫ ހައުސިންގ ޔުނިޓް ތަކަކީ ފޯމްވޯކް ސިސްޓަމަށް ރާއްޖޭގައި ކުރެވޭ ފުރަތަމަ މަސައްކަތްކަމުގައި ވާކަމެވެ. ފޮމް ވޯކް ޓެކްނޮލޮޖީއަކީ އިމާރާތް ކުރުމުގައި ރާއްޖެއަށް ވަރަށް އައު ޓެކްނޮލޮޖީއެކެވެ. 

    ތުޅާދޫ 100 ހައުސިންގ ޔުނިޓް ޖުލައިމަހުގެ 15 ވަނަ ދުވަހު މަސައްކަތް މުޅިން ނިންމާ ހަވާލުކުރާނެ ކަމުގެ ޔަޤީންކަން ކޮންޓްރެކްޓަރ ދެއެވެ. ބޯހިޔާވަހި ކަމުގެ މައްސަލަ އިންތިހާއަށް ބޮޑު ތުޅާދޫއަށް މިއީ ކޮންމެވެސް ވަރެއްގެ ހައްލެކެވެ. ނަމަވެސް މިއީ މުޅިން މައްސަލައިގެ ހައްލެއް ނޫނެވެ. އެގޮތުން އިތުރު ފަންސާސް ހައުސިންގ ޔުނިޓަށް ބިން ކަނޑައަޅާފައި ވެސް ތުޅާދޫގައި އެބަ އޮތެވެ. އެ ކަމަށްވެސް ކުރަން ހުރި ކަންކަން އަންނަނީ ކުރެވެމުންނެވެ.

    ތުޅާދޫގައި ސަރުކާރުން އަޅާ ނިންމަމުންދާ ހައުސިންގ ޔުނިޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ހައުސިންގ ޔުނިޓް ތަކެކެވެ. ހައުސިން ޔުނިޓްތަކަކީ ގޯތި ތެރޭގައި ވެސް ޖާގަ އޮންނަ ގޮތަށް ފަރުމާކޮށް ނިންމަމުންދާ ހައުސިންގ ޔުނިޓް ތަކެކެވެ. ތުޅާދޫ ކައުންސިލާ ހައުސިންގ މިނިސްޓްރީން ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

    ]]>
    Mon, 19 Jun 2023 11:06:27 +0500 ހީރަސްނިއުސް
    އުޝާމަށް: 98 އާއިލާގެ 222 މީހުންނަށް މަހަކު 7000ރ. ލިބޭކަށްނޭދޭ https://heerasnews.com/1526 https://heerasnews.com/1526 ދައުލަތުން ދޭ މާލީ އެހީގެ ގޮތުގައި މީގެކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2000ރ. ލިބެއެވެ. ގިންތިތަކެއް ހިމަނައިގެން އެ އެލަވަންސް  މިިހާރު މިވަނީ ސަރުކާރުން ބޮޑުކޮށްފައެވެ. މީގެ 12 އަހަރުން ކުރިން ފެށިގެން ދެމުން އައި ނުކުޅެދޭ މީހުންގެ އެލަވަންސް ބޮޑުކުރި މިއީ ފުރަތަމަ ފަހަރެވެ.

    ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 11،371 މީހުން ރަޖިސްޓްރީވެފައި އެބަ ތިއްބެވެ. އެމީހުނަށް ކުރިން ލިބެމުން އައި 2،000 ރުފިޔާ ގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި އިތުރު 1000ރ. ދޭން ސަރުކާރުން ނިންމުމުން ދަފްތަރުގައިވާ ކޮންމެ މީހަކަށްވެސް 3000 ރުފިޔާ މިހާރު ލިބޭނެއެވެ. އަނެއްކޮޅުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 3 ޕަސެންޓް މީހުންނަށް 7000 ރުފިޔާ މިހާރުލިބޭނެއެވެ. އެއީ 98 އާއިލާއެއްގެ 222 މީހުންނެވެ. 

    އާދައިގެ މަތިން ވާދަވެރިންނަށް މިކަމެއްވެސް ހަޖަމެއް ނުކުރެވުނެވެ. ކުރީން ދެއްކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑު ނުކުރާ ވާހަކައެވެ. ދައުލަތުގެ ހަރަދު ބަރަދަށް ބެލުމެއް ނެތި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ބޮނޑު ނުކޮށްގެން ގާނޫނަކުން ވަކި އަދަދެއް ލާޒިމުކުރުވަން މަޖުބޫރު ކުރުވަން ތިބީ ކޮށިއަރާފައެވެ. ދަފްތަރުގައި ޖެހިފައިވާ މީހުންނަށް މަހަކު 5،000-7،000ރ. ގެ އެލަވަންސް ޑެން ލާޒިމުކުރާ ގާނޫނެއް ފާސްކުރުވަން މަޖިލީހަށްވެސް ހުށަހެޅިއެވެ.

    އެހާބޮޑަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމްދަރުދީވެ އެމީހުނަށް ލިބޭ ފައިސާގެ މިންވަރު މަތިކުރަން ކެތްމަދުވެފައި ތިބި މެންބަރ އުޝާމްމެން ކަހަލަ މީހުނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް މިސަރުކާރުން ބޮޑުކުރުމުން މިހާރަކު ކަމަކު ނުދިޔައެވެ. އެލަވަންސް ބޮޑުކުރުމުގައި ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމަކަށް ނުވިއެވެ. 

    އުޝާމުގެ ހަމައިގައި މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ދޭންވާނީވެސް އެމްއެންޕީ ބުނާ ގޮތަށެވެ. ސިޔާސީ ގޭހުގެ ގޮތުގައި ކަމަކަށް ކަމެއްކޮށް މީހުންގެ ސަމާލުކަން ހޯދަން ކާނަލް ނާޒިމް މަޖިލީހަށް ހުށަހެޅި ގޮތް ނޫން ގޮތަކަށް މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލައުންސް ދޭން ހަމަޖެއްސީމާ ކަމަކު ނުދާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭއެލައުންސް ބޮޑުކޮށް ދިނީ ތިމަމްމެން ޕާޓީންނޭ ބުނަން ފުރުސަތު ނުލިބުނީމާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލައުންސް ބޮޑުކުރުންވެސް ކަމަކު ނުދާނެއެވެ. 

    ]]>
    Fri, 16 Jun 2023 12:53:38 +0500 ހީރަސްނިއުސް
    އާޒިމް ލައްވާ އައުގުރާނަ ގޮއްވީ ނަޝީދު https://heerasnews.com/1520 https://heerasnews.com/1520 މަޖިލީހުގެެ މިއަދުގެ ޖަލްސާގައި އޮތީ ދާއިމީ ކޮމިޓީތަކުގެ މައްސަލައަށް ހައްލެއް ހޯދުމެވެ. އަދި ސަރުކާރުން ހުށަހަޅާފައި ހުރި ބިލްތަކެއްގެ މަސައްކަތް ކުރުންވެސް އޮތެވެ. މަޖިލިސް ފެށިގެން ވަކި ހިސާބަކަށް ދިޔަތަނާ މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް އަޑުގަދަ ކުރައްވައި މެންބަރުންގެ މޭޒުކޮޅު ކައިރިއަށް ވަޑައިގެން މެންބަރުންނަށް ބަހުގެ ހަމަލާތައް ދެއްވާން ފެއްޓެވިއެވެ.

    އަޑުގަދަކޮށް އަވަގުރާނަ ގޮވައި ޖަލްސާ ހުއްޓުވައި މަސައްކަތް ކުރިޔަ ނުދިނީ މެންބަރު އަލީ އާޒިމް އެވެ. އަލީ އާޒިމަށް ޖަލްސާގެ ނިޒާމް ގެއްލުވާލަން ފުރުސަތު ދިނީ ރިޔާސަތުންނެވެ.

    މެންބަރުންނަށް ފުރުސަތު ނުދީ ނިޒާމީ މައްސަލަ ހުށަހަޅަން ފުރުސަތު ދޭންޖެހޭނެކަމަށް ތަރުކާރުކޮށް ވިދާޅުވެ އަޑު ގަދަ ކުރައްވާ މެންބަރުންނާއި ޒުވާބު ކުރައްވާ ޖަލްސާގެ ނިޒާމް ގެއްލުވާލަން ފާޅުގައި މަސައްކަތް ކުރެއްވީ އެންމެންގެ ކުރި މަތީގައެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދާ ހިލާފުވުމުން ވެސް ރިޔާސަތުން މެންބަރުގެ ނަން އިއްވާ ބޭރުކޮށް، މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަށް މަގުފަހިކޮށްދެއްވާފައެއް ނުވެއެވެ.

    ކަމަކީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން މަޖިލިސް ކުރިއަށް ދިޔަ ނުދެއްވުމަށް އާޒިމް އާއި އިދިކޮޅު މެންބަރުން ލައްވާ ކުރުވަމުން ގެންދެވި ކަމެއް ކަމަށް ގިނަ މެންބަރުން ތުހުމަތު ކުރެއެވެ. ރިޔާސަތުގައި އިންނެވި ވިލިފުށީ އަފީފު ގެންދެވީ އެކަމަށް މަގުފަހި ކޮށްދެއްވަމުންނެވެ. 

    ޖަލްސާ "ކުރިއަށް ނުގެންދެވޭނެ" ކަމަށް ވިދާޅުވެ ރިޔާސަތު މޭޒު ކައިރިއަށް ވަޑައިގެން އަލީ އާޒިމާއި އިދިކޮޅު މެންބަރުން ހަޅޭއްފުޅު ލައްވާ ޖަލްސާގެ ނިޒާމް ގެއްލުވާ ލަމުން ގެން ދެވިއެވެ. ނަން އިއްވާ މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށް ބައެއް މެންބަރުން އެދި ވަޑައިގަތުމުންވެސް ރިޔާސަތުން އާޒިމް ބޭނުން ކަމެއް ކުރައްވަން ފުރުސަތު ދެއްވައިގެން އަފީފް އިންނެވީއެވެ.

    މަޖިލިސް މަރުތަޅުގައި ބާއްވައިގެން މަޖިލީހުގެ މިދައުރު ނިންމާލަން ރައީސް ނަޝީދު ހުންނެވީ ފޫގަޅުއްވައިގެންނެވެ. 

    ]]>
    Wed, 14 Jun 2023 19:31:53 +0500 ހީރަސްނިއުސް
    ކޮމެޓީ ކޮޓަރިތައް ތަޅުލީ ނަޝީދު https://heerasnews.com/1512 https://heerasnews.com/1512 ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ކޮޓަރިތައް ތަޅުލައި އެތަންތާ މަސައްކަތްކުރުވުން ހުއްޓުވައިފިއެވެ. މިހާރު ހުރީ ހުރިހާ މޮމެޓީ ކޮޓަރިތަކެއް ތަޅުލައި ބަންދުކޮށްފައެވެ. މަޖިލީހުގެ އިމާރާތުގައި ކޮމިޓީތަކަށް ކަނޑައަޅާފައިވާ ހުރިހާ ކޮޓަރިތަކެއްގައި ހުރީ ތަޅު އަޅުވައި މެމްބަރުންނަށް ނުވަދެވޭ ގޮތަށް ހަދާފައިވާ ކަން މަޖިލީހުގެ ބައެއް މެންބަރުން ކަށަވަރު ކޮށްދެއެވެ.

    މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ އިމާރާތް ކޮންޓްރޯލް ކުރުމާއި މަޖިލީހުގެ ގޯއްޗާއި އިމާރާތަކީ މަޖިލިސް ރައީސްގެ ބާރުގެ ދަށުގައިވާ ތަންތަނެވެ. އެހެންކަމުން މަޖިލީހުގެ ކޮމެޓީ ކޮޓަރިތައް ތަޅުލާ މަޖިލީހުގައި މަސައްކަތް ނުކުރެވޭނެ ގޮތް ހެއްދެވީ ސީދާ މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދުކަމަށް ގިނަ މެންބަރުން އިއްތިފާގުވެއެވެ.

    ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް ވައްދައި ވޯޓު ނެގުމަށް ވެރިކަން ކުރަމުންދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައި މަޖިލީހުގެ އިދާރައީން މިކަން ކުރީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ގެ ބާރާ ނުފޫޒުން އެ މީހުން މަގާމުގައި ދެމި ތިބުމަށް މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. މިހާރު ވެސް މަޖިލީހުގެ ރިޔާސަތާއި މެމްބަރުންނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމުގައި މަޖިލީހުގެ މަސައްކަތްތައް އެއްކޮށް ވަނީ ހުއްޓިފައެވެ. 

    އެމްޑީޕީގެ 13 މެމްބަރަކު ޕާޓީން ވަކިވުމުން ދާއިމީ ކޮމިޓީތަކުގެ ކޮންޕޮސިޝަން އަލުން ތަރުތީބު ކުރަން އޮތީ ޖެހިފައެވެ. ކޮމިޓީ ތަކުގައި ޕާޓީ ތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމުން ކޮމެޓީތައް އަލުން ތަރުތީބު ކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތުގެ ހައްލު މަޖިލީހުގެ ރިޔާސަތުން ވަނީ ނުހޯދައެވެ.

    ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 54 މެމްބަރުންގެ ސޮޔާ އެކު ވަނީ ވައްދާފައެވެ. އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު ރައީސް ނަޝީދު ގެންދަވަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުއްވާ ލައްވަމުންނެވެ.

    ]]>
    Mon, 12 Jun 2023 13:15:48 +0500 ހީރަސްނިއުސް
    މަރުތަޅެއް ނޭޅޭ، އިސްތިއުފާ ދެއްވާ: މެންބަރ ނާޝިޒް https://heerasnews.com/1508 https://heerasnews.com/1508 ރައީސް ނަޝީދާއި އީވާގެ އިސްތިއުފާއަށް ކިނބިދޫ ދައިރާގެ މެންބަރ މުހައްމަދު ނާޝީޒު ގޮވާލައްވައިފިއެވެ. ނާޝިޒް އެ ދެ ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު ނޭޅޭކަމަށް ވިދާޅުވުމުގެ ގޮތުން މިއަދު ކުރެއްވި ޓްވީޓް https://twitter.com/Mnashiz ގައެވެ.

    ނާޝިޒު ވިދާޅުވި ގޮތުގައި ކޮމެޓީތައް ހުއްޓުވައިގެން އުޅުއްވަނީ ގަވައިދާ ހިލާފަށެވެ. އާއްމުކޮމެޓީގެ ބައްދަލުވުން ބޭއްވުމަށާއި އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ މައްސަލަތައް ބޭއްވުމަށް ވެސް ނާޝީޒު ގޮވާލައްވައެވެ. 

    މަރުތަޅޭ ކިޔައިގެން ދެ ބޭންގެ އާއިލީ މުދަލަކަށް ހަދައިގެން މަޖިލިސް ހޮސޯރު ނުކުރަންވެސް ނާޝިޒް އިލްތިމާސް ކުރެއްވިއެވެ. 

    އިތުބަރު ނެތްކަމަށް ހުށަހެޅިފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މަޖިލިސްގައި ސަރުކާރުން މަރުތަޅު އަޅުވާފައި ކަމަށް ތުހުމަތު ކުރައްވާފައެވެ. 

    ]]>
    Sat, 10 Jun 2023 12:39:11 +0500 ހީރަސްނިއުސް
    ނަޝީދު ވަކިކުރަން 44 މެންބަރުން ސޮއިކޮށްފި https://heerasnews.com/1497 https://heerasnews.com/1497 ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސް ކުރިތާ އިރުކޮޅެއްގެ ތެރޭގައި ނޯކޮންފިޑެންސް މޯޝަނުގައި 44 މެންބަރުން ސޮއިކޮށްފިއެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން 43 މެންބަރުންގެ ވޯޓު ބޭނުން ވެއެވެ. މަޖިލީހުގެ ރައީސް ވަކި ކުރަން ހުށަހަޅަނީ ކިތައް މެންބަރުންގެ ސޮޔާއެކު ކަމެއް އަދި ކަށަވަރެއް ނުވެއެވެ. 

    ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެ މަނިކުފާނު އެ މަގާމުން ވަކިކުރަން ބޭނުންފުޅުވާ އެއްވެސް މެންބަރަކު މަޖިލީހުގައި ނެތް ކަމަށެވެ. 

    މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރު ވަމުން ދާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް 50 މެންބަރުންގެ ސޮޔާއެކު މީގެކުރިން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

    ]]>
    Tue, 06 Jun 2023 15:10:40 +0500 ހީރަސްނިއުސް
    ރައީސް އިބޫ ގެނެސްދޭ އައްޑޫގެ ތަރައްގީއެއް ނުހުއްޓުވޭނެ! https://heerasnews.com/1484 https://heerasnews.com/1484 ސަރުކާރަކުން އައްޑޫގައި ކުރިއަށް ގެންދާ އެންމެ ބޮޑެތި މަޝްރޫއުތައް މިހާރު އެވަނީ ފެށިފައެވެ. އެކަމެއް ދެނެއް ނުހުއްޓުވޭނެއެވެ. އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މަރަދޫ ހިއްކި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ތެދުފުޅެކެވެ. ރާއްޖެ އަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަ ޖެހޭ ތަނަކީ އައްޑޫ ސިޓީއެވެ.  ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ފެންނަ މަންޒަރަކީ ރުވި، ގަސްތަކަށް ރޫފަ ޖެހި ކުރިލާ ހެދޭ މަންޒަރެވެ. 

    ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅަށް ވިސްނާލުމުން އުންބީދު ހަގީގަތަކަށް ވާ ރަން ތަސއްވުރު ސިފަވެގެން ދެއެވެެ. ތެދުފުޅެކެވެ. ދުނިޔެއަށް ހުޅުވާލެވޭ ސިޓީ އަކަށް އައްޑޫ ސިޓީ ބަދަލު ކުރުމަކީ މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެކެވެ. އެ އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން ކުރަނީ އެކަމަށް ބޭނުންވާ ކަންކަމެވެ. އައްޑޫ ސިޓީ އަށް ބަދަލު އަންނާނީ އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންނެވެ. 

    އައްޑޫގެ ތާރީހުގައި ހިންގޭ ބިމާ ގުޅޭ އެންމެބޮޑު މަޝްރޫއު މިހާރު އެވަނީ މެކުހަށް ޖަހާފައެވެ. 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ. 190 ހެކްޓަރުގެ ބިން އިތުރުވެ އައްޑުއަށް އެއަންނަނީ ތަރައްގީއެވެ.

    ރާއްޖޭގެ ފަތުރުވެރިކަން 50 އަހަރު ފަހަނައަޅައި ދިޔަ އިރު، ދިވެހި ފަތުރުވެރިކަމުގެ ފުނަށް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. ހަންކެޑެއަކީ ރައްޔިތުންނަށް ހިއްސާވެވޭ މިބާވަތުގެ ފަތުރުވެރިކަމުގެ އެންމެ އެކަށޭނެ އައްޑޫ ސިޓީގެ ސަރަހައްދެވެ. ހަންކެޑެ ފަރުމާކޮށް ތަރައްގީ ކުރާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުންނެވެ. އިންޓަގްރޭޓެޑް ރިސޯޓާއި ސިޓީ ހޮޓަލާއި ގެސްޓްހައުސް ގެ އިތުރުން ވޯޓާ ވިލާ އެކުލެވަށާ ޖެހޭ މަޝްރޫއެކެވެ. މުޅި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައިލެވޭނެއެވެ.

    ރާއްޖެއަށް ޑިމޮކްރަސީގެ ހެޔޮ ބަދަލު ހޯއްދުމަށް ނިކުތީ މިފަދަ ޕްރޮޖެކްޓްތައް އައްޑުއަށް ހޯދުމަށެވެ. މިއަދު އެދަނީ އައްޑޫ ސިޓީއަށް އެކަން ހާސިލުވަމުންނެވެ. 

    ހަންކެޑެއާއިއެކު ފެނިގެން ދަނެ ހެޔޮ ބަދަލު: 

    - ހަންކެޑެ ކުރިއަށް ދާނީ ފުރިހަމަ ޕްލޭނާ އެއްގޮތަށް
    - ހަންކެޑެ މަޝްރޫއުން އައްޑޫގެ އެހެން ރަށްތަކަށް 600 އެނދު އިތުރުވާނެ.
    - 2،682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް.
    - މަޝްރޫއުތައް ނިމުމުން ޖުމްލަ 7،000 ޓޫރިސްޓު އެނދު އައްޑޫގައި އޮޕަރޭޓް ވާނެ

    ޝަންގްރިއްލާ ހިންގަން ފަށޭނެ

    ޝަންގްރިއްލާ ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގި ތަނެކެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އެ ރިސޯޓުގައި 284 ކޮޓަރި ހެދިއެވެ.

    ދިމާވި ކަންތައް ތަކަށްފަހު ރިސޯޓު ހުޅުވެން އޮތީ އެ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލައިގެންނެވެ.

    ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ރައީސް ހުންނެވީ ތައްޔާރަށެވެ. އޮތް ޒަމާންވީ ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ނުވާނެ ގޮތަށް ހިއްސާ ދޫކޮށް ލުމުގެ ކަންކަން އޮތީ ނިމިފައެވެ.  ހުސްވި މާރިޗު މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލު ކުރުމުގެ ލިޔުންތައް ސަރުކާރުން އެ ފަރާތާ ހިއްސާކޮށްފިއެވެ. އެކަން ނިމުމާއެކު، ބޭނުންވާ ބަދަލުގެނެވި، ޝަންގްރިއްލާ ހުޅުވި، ހިނގަން ފަށާނެއެވެ. 

    ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އައްޑު އަށް 

    އެސްޑީއެފްސީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އައްޑު އަށް އަންނާނެއެވެ. އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅައި ނިންމައިދެވޭނެއެވެ. 

    އެކަމަށް ދޫކުރެވިފައިވާ 73 ބިމެއް އެބައޮތެވެ. އޭގެތެރެއިން 44 ފަރާތަކުން 58 ބިމުގައި ގެސްޓްހައުސް އިމާރާތް ކުރުމަށް މިހާރުވަނީ ނިންމާފައެވެ. މިއީ ވެސް ޖުމްލަ 2870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫއެކެވެ.  

    އައްޑޫގެ ގޯތިތައް ފަޅުވެ، ގެތައް ވީރާނާވެ، ގަސްބޯވެ، ވާވަނުމަކީ އައްޑޫ ރައްޔިތުން ހެޔޮ ބަދަލަށްޓަކައި ވީ ގުރްބާނީއާއި، ކުރި އުންމީދުގައި އޮތް ކަމެއް ނޫނެވެ. އައްޑޫ ރައްޔިތުން ބޭނުންވީ އައްޑޫ އާބާދުވެ އާރާސްތުވެ ކުރިއަރައި ދިއުމަށެވެ. އެ މަގުތައް މިދަނީ ކޮށައި އަލިވެ އާރާސްތުވަމުންނެވެ. 

    ]]>
    Sun, 04 Jun 2023 15:58:08 +0500 ހީރަސްނިއުސް
    ބާނަބާނާ ތިއްބާ ބޭނި ގަތުމުން ބާނާލައިފި https://heerasnews.com/1480 https://heerasnews.com/1480 ބަޅުރުކު ކުދިން ހަމަ މާ މޮޅީއެވެ. ފިސާރި މަތިހަށި ނަގާފައި އުޅުނު ކާނަލް ނާޒިމާއި އޭނާގެ ބައިގަނޑު ނިކަން ރަނގަޅަށް ގުއިރޯނެއްގައި ޖައްސައިފިއެވެ. ފެށުނީއްސުރެ އިންޑިއާ އައުޓާ ނާޒިމް ދެކޮޅެވެ. ނާޒިމް އެކަމާ ދެކޮޅުވެރިކަން ބޮޑު ކަމުން ނާޒިމް ޕާޓީ ހަދައިގެން ރިޔާސީ ކެމްޕޭނަށް ނިކުމެގެން އުޅެނީ އިންޑިއާ ސަރުކާރުގެ އެހީއާއި މަދަދުގައި ކަމަށް ތުހުމަތު ކުރެއެވެ. ރިޔާސީ ކެންޕެއިންނަށް ހަރަދު ކުރަނީ ވެސް އިންޑިއާއިން ކަމަށް ބުނެ ދެއްކޭ ވާހަކަ ވެސް މަދެއް ނޫނެވެ. 

    ކުރީގެ ރައީސް ނަޝީދަކީ ވެސް އިންޑިއާ އައުޓާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އެންމެ ފަހުން އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީ ތެރޭގައި ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅެއް ހަނދާނަށް އައުދެއެވެ. ރައީސް ޔާމީނުގެ އިންޑިއާ އައުޓު ސިޔާސަތު ނޫން ހުރިހާ ސިޔާސަތެއް ވެސް އެ މަނިކުފާނަށް ވަރަށް ކަމުދާކަމަށް ވިދާޅުވި ވިދާޅުވުމެވެ. ރައީސް ޔާމީނުގެ ވައްކަމުގެ ސިޔާސަތު އަދި މާ ބޮޑަށް ކަމުދާކަމަށް ވެއެވެ. އެކަމަކު އިންޑިއާ އައުޓުގެ ވާހަކައަކީ ރައީސް ނަޝީދަށް ވެސް އެންމެ ހަޖަމު ނުކުރެއްވޭ ކަންތަކެވެ. އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކެންޕޭނެއް ކަމަށް ނަޝީދު ވިދާޅުވާ ކެންޕޭނަކީ އިންޑިއާއައުޓެވެ. އެކަމަކު ދަނޑިވަޅު ބަލާފައި ޕީޕީއެމުން ނަޝީދަށް ވެސް އެ ކެހި ދީފިއެވެ.

    ދުރާލާ ރާވައިގެން ކުރިޔާލާ ބާނަބާނާ ތިއްބާ ބޭނިގަތުމުން ބާނާލައިފިއެވެ. އިންޑިއާ ގެ ރުހުން ލިބޭނެ ކަމަށް ކަށިމަތީ ތެޔޮލައިގެން ތިއްބާ ނަޝީދާ ނާޒިމަށް ޕީޕީއެމުން ބޮނޑިއެއް ދީފިއެވެ. އިންޑިއާ އައުޓުގެ ވާހަކަ ދައްކަންޏާ ނަޝީދުގެ ދި މޮކް ރެޓްސް ތަކާއި ނާޒިމުގެ މިލިޓެންޓުން އެތަނަށް ނުދާނެ ކަން ޕީޕީއެމް ކުދިންނަށް ރަނގަޅަށް އެނގެއެވެ. އެހެން ވީމާ ކުރިޔާލާ އެވާހަކަ ނުދައްކާނެ ކަމަށް ހަތް ހުވާ ކޮށްގެން ވެސް ބޭނުންވީ އެ ތަނަށް އެމީހުން ގެންދާށެވެ.

    އަދުރޭގެ ހިސާބު ބަރާބަރަށް ދިމާވެއްޖެއެވެ. ބޭނުންވީ ފޮޓޯ އަދުރޭ ހޯދައިފިއެވެ. އިންޑިއާ އައުޓް މަޅީގައި ނަޝީދުގެ މީދާތައް ޖެހިއްޖެއެވެ. ކާނަލް ނާޒިމް ނިކަން ރަނގަޅަށް އިންޑިއާ އައުޓު ބޮނޑި ބޮއިފިއެވެ. ޖެހިމަޅި ކަރަށް ވައްޓާލާ ދަމާ ބާރުކޮށްލުމަށް ފަހު ތިމަންމެން ކުރި ކަމެއް ނޫނޭ ބުނެ ބާރުބާރަށް ބާރަށު ޝުޖާމެން ޓްވީޓް ކުރަން ފެށީއެވެ. ޓްވީޓް ކުރަމުން ވެސް ބުނާ ކަހަލައެވެ. ރީތިބޮޑިއެއް އޮންނާނީ ދީފައެވެ. ނަޝީދުގެ ރެޓްސް އަށާއި ނާޒިމުގެ ބައިގަނޑަށް އިންޑިއާ އައުޓު މަޅިއަކުން ދެން ނުނެއްޓެވޭނެއެވެ. އިންޑިއާގެ އިތުބާރެއްވެސް ނުހޯދޭނެއެވެ. 

    ]]>
    Fri, 02 Jun 2023 23:49:15 +0500 ހީރަސްނިއުސް
    އިތުބާރު އޮތްތޯ ބެލުމުގެ ހިތްވަރެއް ނަޝީދުގެ ނެތް https://heerasnews.com/1471 https://heerasnews.com/1471 އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަޖިލީހުގެ ތެޅުމަށް ގެންގޮސްގެން ހަޔާތް ގޮވަން އިދިކޮޅުން ބޭނުންވާ ފުރުސަތު އެމްޑީޕީއަކުން ނުދޭނެއެވެ. މަޖިލީހުގެ ތެޅުމަކީ ސިޔާސީ ވާދަވެރިން މީހުންގެ އަބުރު ކަތިލަން ހުޅުވިފައިއޮތް ތެޅުމަކަށް ހަދާކަށް އެމްޑީޕީ އޮތީ ފުރުސަތު ދޭގޮތަކަށް ނޫނެވެ. 

    ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން ވާދަވެރިން އެ އޮތީ އެޓަރނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައެވެ. އިތުބާރު ނެތް މައްސަލައިގެ ހުށަހެޅުމަށް އެޓާރނީ ޖެނެރަލް އެ އޮތީ ލިޔުމުން ޖަވާބު ދާރީ ވެފައެވެ. މަޖިލީހުގެ ތަޅުމުގައި އިތުރު ދިފާއެއް އެޓަރނީ ޖެނެރަލް ބޭނުންފުޅުވެ ވަޑައެއް ނުގަންނަވައެވެ. އެ މިނިކުފާނު ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ދިފާއެއް މަޖިލީހުގެ އިދިކޮޅުންނާއި ރިޔާސަތުން ދޭން މިއުޅެނީ ކީއްވެގެން ހެއްޔެވެ. 

    ރިޔާސަތުންނާއި އިދިކޮޅުން ބޭނުން ވެގެން އުޅެނިއްޔަކީ ދިފާއެއްް ހޯދާ ދޭކަށް ނޫނެވެ. މަޖިލީހުގެ ތަޅުމަށް އެޓަނީ ޖެނެރަލް ހާޒިރު ކުރުވައިގެން ސިޔާސީ އެޑްވާންޓޭޖް ނަގާށެވެ. ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއްގެ ވާހަކަ ދައްކައިގެން މައްސަލަ ދިގު ދެންމުމުގެ އެހެން ބޭނުމެއްވެސް ރައީސް ނަޝީދުގެ އެބަ އޮތެވެ. މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުން ލަސްކުރެވެން އޮތް ވަރަކަށް ލަސްކުރުމެވެ. 

    އަޖައިބެއް ނުވާނެ ހެއްޔެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ޖަމީލު އަހުމަދު އިންޕީޗް ކުރީ ޖަވާބު ދާރީވާން ކޮން ފުރުސަތެއް ދީފައިހެއްޔެވެ. ފުރުސަތެއް ނުދެއެވެ. އެ ހުރީ މަޖިލީހުން އިންޕީޗްކޮށްފައެވެ. މިއަދު ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް ބަޔަކަށް ފެނިގެން އެކަން އެ އޮތީ މަޖިލީހަށް ހުށާހަޅާފައެވެ. ހުށަހެޅުމަށް ލިޔުމުން އެ އޮތީ ބަންޑާރަ ނައިބު ދިފާއު ހުށަހަޅުއްވާފައެވެ.

    ޗަރުކޭސް ކުޅެން ނުހަދާ އިތުބާރު އޮތްތޯ ނެތްތޯ ބަލައިލަން ވޯޓަށް އަހާށެވެ. ބަނޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ވަރަށް ރަނގަޅަށް ނަތީޖާއިން ފެނިގެން ދާނެއެވެ.

    ދައުލަތުގެ އިތުބާރު ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ މައްޗަށް ފުރިހަމައަށް އޮތްކަން އެނގި ތިބެ މަޖިލީހުގެ ތަޅުން ބޭނުންކޮށްގެން ދައުލަތުގެ މުއައްސަސާތައް ރޭޕްކުރަން ފުރުސަތު ދީގެން ނުވާނެއެވެ. ރާއްޖޭ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނާއި ގާނޫނުއަސާސީއާއި އދގެ ބައިނަލްއަގުވާމީ ގާނޫނާއި އެއްގޮތަށް ކަމެއްކޮށްގެން ދައުލަތް ހިންގާ ވެރިން ކުށްވެރިވެ އިތުބާރު ގެއްލެންޏާ މިތާ މި ހިނގަނީ ގާނޫނުގެ ހުކުމް ކަމާމެދު ސުވާލު އުފެދެއެވެ. 

    ]]>
    Wed, 31 May 2023 14:05:29 +0500 ހީރަސްނިއުސް
    ރައީސް ނަޝީދު ގަންޖާބޯ ކަމަށް އެއްބަސްވެ ވަޑައިގަތުން https://heerasnews.com/1461 https://heerasnews.com/1461 ރާއްޖޭގެ ރައީސްކަން ކުރައްވާ ބޭފުޅުންނަށް ވަނަމުން ކިޔާ އެ ބޭފުޅުންގެ އޮފު ކެނޑުވުމަކީ ދިވެހިންގެ ތެރޭގައި ކަށީގައި ހިފާފައި ހުރި ނުބައި އާދައެކެވެ. އެހެނެއް ކަމަކު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ނޫން ބޭފުޅަކު މިސާލެއްގެ ގޮތުންވެސް އެފަދަ ނަމެއް އެހެން ބޭފުޅަކަށް ނިސްބަތް ކުރައްވާ ވިދާޅުވެފައެއް ނުވެއެވެ. އެ ނުބައި އާދަ އަށަގަންނުވަން އެހެން ބޭފުޅަކު މަސައްކަތް ކުރައްވާފައި ވެސް ނުވެއެވެ. އެ ހުތުރު ދަށު ދަރަޖައިގެ އަމަލު ހިންގުމަށް ރައީސް ނަޝީދު ނޫން ބޭފުޅަކު ހިއްވަރު ދެއްވާފައެއް ވެސް ނުވެއެވެ. 

    ވަކި ބޭފުޅަކަށް އެންމެ ގިނައިން ވަނަމުން ރައްދު ކުރެވުނު ރައީސްއަކީ ރައީސް މައުމޫނެވެ. ރައީސް މައުމޫނަށް ނިސްބަތް ކޮށް " ގޮޅާބޯ"ގެ ނަމުން މުހާތަބު ކުރީ އެއްތާކު ދެތާކު އެކަކު ދެމީހަކު ނޫނެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ. އެހެނަސް ޖަޒުބާތުގައި ޖެހިވަޑައިގެން ވެސް ރައީސް މައުމޫނު އެހެން ބޭފުޅަކަށް ހުތުރު ބޭއަދަބީ ބަހަކުން ރައްދެއް ދެއްވާ މިސާލެއް ޖައްސަވާފައެއް ނެތެވެ. 

    ރައީސް ވަހީދު ވެސް އެ މަނިކުފާނަށް ރައްދުކޮށް މީހުން ކީހާ ކުނި ފުޅައަށް ރައްދެއް ނުދެއްވައެވެ. މިސާލެއް ނުޖައްސަވައެވެ. ރައީސް ޔާމީނު ވެސް އެ މަނިކުފާނަށް ނިސްބަތްކޮށް ރައްދު ކުރިހާ ނޭއްގާނި ބަސްތަކަށް ރައްދު ދެއްވާ ކުރީގެ ރައީސަކަށް ވެސް އަދި މިހާރުގެ ރައީސްއަކަށް ވެސް ވަނަމަކުން ވިދާޅެއް ނުވެއެވެ. ރައީސް ސޯލިހު ވެސް އެއްވެސް ވާދަވެރިއަކަށް ވެސް އަދި އެހެން މީހަކަށް ވެސް ނޭއްގާނި އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. 

    އެހެން ނަމަވެސް ރައީސް ނަޝީދު ކަން ކުރައްވަނީ އެއާ މުޅިން ހިލާފަށެވެ. އެކިއެކި ބޭފުޅުންގެ އަބުރު ކަތިލެއްވުމުގައި ރައީސް ނަޝީދަކީ އަރާ ހުންނެވި ބޭފުޅެކެވެ. ރައީސުން ފެށިގެން އެންމެ އާދައިގެ މީހާއާއިވެސް ރައީސް ނަޝީދު ދިމާ ކުރެއްވުމުގައި އިޖުތިމާއީ އަދަބެއް ސަދަބަކަށް ނުބައްލަވައެވެ. އެ ވަގުތަށް ހިތްޕުޅަށް އަރާ ވަޑައިގެން މޭރުމަކުން މީހުންގެ އަބުރު ނަގާލެއްވުމަކީ ރައީސް ނަޝީދުގެ ތޮބީއަތެވެ. 

    ބޭނުންފުޅުވެ ވަޑައިގަތުމުން ނުކުރައްވާނެ ވަކިކަމެއް ރައީސް ނަޝީދުގެ ނޯވެއެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ކަރާމާތް ވެސް ނަގާލެއްވީއެވެ. ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ނިސްބަތްކޮށް އެކި ހާލަތުގައި އެކި މީހުން އެކި ތަންތާ ގޮވިހާ ކުނި ފުޅައަކީ ބަލައިގަނެވޭ ކުރަންޖެހޭ ކަމެއް ކަމުގައި ރައްޔިތުންނަށް ސިފަކޮށް ދެއްވީއެވެ. 

    ރައީސް ނާސިރަކީ ކަރުކުރު ބައިސާ ކަމާއި ރައީސް މައުމޫނަކީ ގޮޅާބޯ ކަމަށް މަޖިލީހުގެ ފަތްފުށް ތަކުގައި ލިޔުއްވީއެވެ. ރައީސް ވަހީދަކީ ބާގީ ވަހީދު ކަމަށާއި ރައީސް ޔާމީނަކީ ރާގޮނޑި ރާޖާކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމީއެވެ. ރައީސް ސޯލިހަކީ ޗޯރު އިބްރޭ ކަމަށް ވިދާޅުވެ ބަސް އިއްވެވީއެވެ. އަނެއްކާ ހޮދު ރައީސް ނަޝީދު އަމިއްލަފުޅަށް ރައީސް ނަޝީދު ގަންޖާބޯ ކަމަށް އެއްބަސްވެ ވަޑައިގެން އިއުލާން ކުރެއްވީއެވެ. 

    ގައުމެއްގެ އިޖުތިމާއީ ފޭރާން ވީދި ހަސް ނެތޭނީ މިހާކަށް ވަރަށެވެ. ކިތަންމެ ޑިމޮކްރެޓިކް ވިޔަސް މީހުންގެ އިއްޒަތުއްނަފްސާއި ގައުމީ ކަރަމާތް ނަގާލުމުގެ އެއްވެސް ހައްގެއް އެކަކަށް ވެސް ނުއޮންނާނެއެވެ. އަމްދުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އިއްވޭ ކޮންމެ އަޑަކީ އެގައުމެއްގެ އަޑެވެ. އެ ގޮނޑީގައި އިންނަވާ ބޭފުޅެއްގެ ދޫފުޅުން އެވަގުތު ނިކުންނާނީ ގައުމުގެ ރައްޔިތުންގެ އަޑެވެ. ބަހެވެ. އެ ގޮނޑިއަކީ އަމިއްލަފުޅު އެޖެންޑާ ހިންގަވަން ރައްޔިތުން ދޭ ފުރުސަތެއް ނޫނެވެ. ދައުލަތުގެ ރައްކާތެރިކަމާއި އިނާޔަތް ހޯއްދަވައިގެން ހުންނަވާ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރިޔާސަތު ރޭޕް ކުރެއްވުމަކީ ރައީސް ނަޝީދު ހައްދަވާ އެންމެ ބޮޑުގޯހެވެ.  

    ]]>
    Mon, 29 May 2023 14:59:50 +0500 ހީރަސްނިއުސް
    ފާފު މަންޒަރުތައް ހަޖަމެއް ނުވާނެ! https://heerasnews.com/1451 https://heerasnews.com/1451 ރައީސުލްޖުމްހޫރިއްޔާ މިހާރު ފާފު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފާފު އަތޮޅުގެ ގިނަ ރަށްތަކަށް ދަނީ ޒިޔާރަތް ކުރަމުންނެވެ. ހަމަ ޔަގީނުން ވެސް މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި އަދު ގެ ސަރުކާރަށް ހިތް ހަމަޖެހުން ގެނެސް ދެއްވާނެ ދަތުރުފުޅެކެވެ. ގިނަ މިޙުން ހީކުރިވަރަށް ވުރެ ބޮޑަށް ރައީސް އަށާއި ސަރުކާރަށް ތާއީދު ދަނީ މިރަށް ތަކުން އޮހެމުންނެވެ. އެހެން ކަމުން ފެންނަ މަންޒަރުތައް އިދިކޮޅަށާއި ކުރީގެ ރައީސުންނަށް ހަޖަމް ނުވާނެކަން ކަށަވަރެވެ.

    މަންޒަރުތަކުން ވާދަވެރިން ކިތަންމެ ހިތް ނުތަނަސްވިޔަސް މިއަދު ރާއްޖެ އޮތްގޮތުގެ މިސާލެއް ފާފު އަތޮޅުން މިވަނީ ދައްކާލާފައެވެ. ރައްޔިތުން ތިބީ މިއަދުގެ ސަރުކާރު ދޫކޮށް ދާގޮތަކަށް ނޫނެވެ އަދި ރާއީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ތިބީ ފިސާރި ކެރިގެން ކުރިއަށް ދިއުމަށެވެ. ރަށްތަކުން ފެނިގެން ދިޔައީ އެތަކެއް ޕްރޮޖެކްތަކެއް ނިމިގެން ގޮސްފައިވާ މަންޒަރެވެ. ފެނާއި ނަރުދަމާގެ ޕްރޮޖެކްތަކެވެ. ފުޓުސެލް ދަނޑުތަކާއި ، ވޮލީ ކޯޓްތައްވެސް މެއެވެ. ސިއްހީ ދާއިރާގެ ގިނަކަންކަމާއި ތައުލީމީދާއިރާގެ ގިނަ ކަންކަމެވެ. އެހެން ކަމުން ރައްޔިތުން ތިބީ މިއަދުގެ ސަރުކާރާއި ރައީސްގެ މަސަތްކަތްޕުޅު ބަލައިގަނެ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރެއްގެ އިންތިޒާރުގައެވެ. ފެންނަ މަންޒަރުތަކުން ރައްޔިތުން ތިބީ ވޯޓް ފޮށީގެ އިންތިޒާރުގައި ރައީސައް ވޯޓް އަޅަން ކެތްމަދު ވެފައެވެ.

    ފެންނަ މަންޒަރުތައް ދައްކުވައި ދެނީ ފާފު އަތޮޅުގެ ރައްޔިތުމީހާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރައްގީ އަދިވެސް ބޭނުންވެފައިވާ ކަމެވެ. ރައްޔިތުމީހާގެ މި މަންޒަރު އިދިކޮޅު ފަރާތްތަކަށް ބަލައިގަންނަން އެހާ ފަސޭހަ ނުވާނެކަން ކަށަވަރެވެ. އަދި މި މަންޒަރު ތަކަށް ކެތްނުވެ ހާވާލާނެ ހަޑިއެއް ހޯދާނެކަން ވެސް ކަށަވަރެވެ. އެހެން ނަމަވެސް ފާފު އަތޮޅުން މިފެނުނު މަންޒަރުން ދެން އިތުރަށް ދައްކާނީ ކޮން ވާހަކައެއް ބާވައޭ ވެސް ހިތައް އަރައެވެ. ރައީސް އިސްތަށިފުޅުގައި އަޅުވާނީ ކޮން އިލްޒާމެއްބާއޭ ވެސް ހިތަށް އަރައެވެ.

    އިދިކޮޅުން ދައްކާ ހޮޅިވާހަކައާއި ހަދާ ދޮގުތަކާއި ސަރުކާރާއި ރައީސްގެ އަގުވައްޓާލުމަށް ދައްކަމުންދާ ވާހަކަތަކަށް ހެއްލޭނެ ގިނަ ރައްޔިތަކު ނެތެވެ. ރައްޔިތުމިހާއަށް އެމީހާގެ ހަމަ ލޮލަށް އެމީހާއަށް ވާމޮޅާއި ލިބޭ ލުއިފަސޭހަ އެބަ ފެނެއެވެ. ހެއްދެވީއްސުރެ އުޅޭރަށުން ނުލިބިއޮތް އަސާސީ ހިދުމަތްތައް ލިބޭކަން ތަޖުރިބާ ކުރަނީ ރަށުގައި ހުރި ރައްޔިތުމީހާއެވެ. ފިކުރެއްގެ މަސްތުގައި ޖެހިފައިވާ މީހާއަށް ވާނުވާ ނޭނގިދާނެއެވެ. ކަނޑުގައި ރޮނގުއަޅަން އުޅޭ ބައިގަނޑަށް ތިމާމެން ކަނޑުގައި އަޅާ ރޮނގު ލޮލަށް ނުފެނުނަސް ރައީސް ސޯލިހުގެ ތަރައްގީގެ ހަމަހަމަކަން ލޮލަށް ފެނެއެވެ. ރޭނގަޑުގެ އިރާދަމުން ބައެއްގައި މަގުމަތީގައި ހުކުން ހަރާން ކުރާ މީހުނަށް ޖަލުނޫނީ ހުންނަކަން ނޭނގިދާނެއެވެ. އެމަންޒަރުން ސާފުވަނީ ތަރައްގީއަށް ފެންބޮވައިގެންފައިވާ ރައްޔިތުމީހާ ނުކުމެ ތަރައްގީގެ ރައީސައް ދެވަނަ ދައުރެއް ދިނުމަށް ކެތްމަދުވެފައިވާ ތަނެވެ.

    ]]>
    Sat, 27 May 2023 22:22:46 +0500 ޒުރޫ
    އަންނިގެ ސިޔާސީ ސުއިސައިޑް https://heerasnews.com/1441 https://heerasnews.com/1441 ރައީސް ނަޝީދަށް ބައެއްގެ ތާއީދު ނެތްކަމަށް ބުނުމަކީ ހެދޭނެ އެންމެ ބޮޑު އެއް ދޮގެވެ. ސިޔާސީ ލީޑަރުންނަށް ތާއީދު ކުރާ މީހުންނާ ޒާތަކަށް އީމާންވާ މީހުން އުޅޭނެއެވެ. އެއީ އިންސާނީ ތޮބީޢަތެވެ. ރައީސް މައުމޫން އެ ހުންނެވީ އެ ދެބައިވެސް ލިބި އެ ދުވަސް ނިމި ދުވަސް ގޮސްފައެވެ.

    މީހަކަށް ތާއީދު ކުރާ މީހުން މިބުނި ބީދައިން އޭނާއަށް އީމާންވާ މީހުންނަށްވުރެ ގިނަ ވާނެއެވެ. ތާއީދު ކުރާ މީހުން ތާއީދު ކުރާނީ އަމިއްލަ ލޮލުން ބަލަމުން އަމިއްލަ ސިކުނޑިން ވިސްނަމުންނެވެ. ނަތީޖާ އަކީ އެމީހާ އުޅޭ ގޮތާ ބުނާ ބަހާ ކުރާ ކަންކަމުން ކުރިން ކުރި ތާއީދު ގެއްލި ދެއެވެ.

    ނަމަވެސް އެއްކަލަ މިބުނި ގޮތަށް އީމާންވި މީހުންނަށް ވިސްނި ފެނި އަޑު އިވޭނީ އީމާންވިމީހާ އެހިނދަކަށް ކުރާ ކަމަކާ ބުނާ ބަހަކާ އޭނާ ވިސްނައިދިން އެއްޗެކެވެ. އޭނާގެ އަމިއްލަ ސިކުނޑި އާ އަމިއްލަ ލޮލާ ކަންފަތަކީ ނެތް އެއްޗިހި ފަދަވާނެއެވެ. އެގޮތަށް އީމާން ވީމާ ކުރާނީ ހުސް ރަނގަޅު ކަންކަމެވެ. ބުނާނީ ހުސް ހެޔޮބަހެވެ. އަދި އޭނާގެ ފުށުން ފެންނާާނީ ހައްތާވެސް ހެޔޮ ކަންކަމެވެ.

    އިންސާނުން ނަކީ މަރުގަންނަވަންދެން މި ހާލެއްގައި އުމުރު ތުނި ކުރާ ބައެކެވެ. 

    ނިމި ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ބަސްމަގު ހުރީ އިދިކޮޅު ޕީޕީއެމާ ދާދި ގާތުގައެވެ. އީމާންވި އެއްކަލަ މީހުންނަށް އެގޮތް އޯކޭއެވެ. އެކެމްޕޭންގައި ރައީސް ނަޝީދާ އެއްކޮޅަށް މަރުދީ އުޅުނު އެއް ބަޔަކީ ޕީޕީއެމް އެކްޓިވިސްޓުންނާ އެމީހުންގެ ނޫސް މީޑިއާ ތަކެވެ. އެނގި ތިބެ އެކަން ވެސް އޯކޭއެވެ. 

    ރޮޒޭނާ އާއި ތަސްމީނާއި އަލީ އާޒިމާއި "ޝައިތޯނާ" ވެސް ރައީސް ނަޝީދާ އެކުގައި ތިބިތަ އެއީ ބަތަލުންނެވެ. ދުރަށް ޖެހިލާ އިރަށް އެވަރުގެ ނުބައި ބަޔަކު ނެތެވެ. ކައިރީގައި ހުރިއްޔާ އެއީ ރަނގަލު ހުސްކުރި ފަސްމީރު ކުރިރުުކުގެފާނެެކެވެ. 

    ގާސިމާއި އިމްރާނާއި މައުމޫނަކީ ބަޣާވާތުގެ އަހުލު ވެރިންނޭ އެ މީހުންނާ ކޯލިޝަން ހެދީ އޭ ބުނެ ބަހަނާ ނުދައްކާށެވެ. އެއެންމެންނާ ރައީސް ނަޝީދު ޖަލުގައި ތެޅުވި އެންމެންގެ މުއްލާ އަކަށް ހުރީ ރައީސް ޔާމީނެވެ. ތިޔަ ބުނި އެންމެން ފައްޗަކަށް އަމުނައިގެން ގެނެސް ރައީސް ސޯލިޙްގެ ކަރުގައި ކޯލިޝަންގެ ހާރު އެޅުވީ ރައީސް ނަޝީދެވެ. އެކަމަކު ޕްރައިމަރީ ދުވަސްވަރު އެންމެންގެ ބޮސް ޔާމީނު ރައީސް ނަޝީދަށް އޯކޭވީމާ އެއްކަލަ ބާވަތަށް އީމާންވި މީހުން އެތިބީ ވިދާޅުވިޔަތީ އޯކޭ ވެގެންނެވެ. އަމިއްލަ ސިކުނޑިއެއް ލޮލެއް ކަންފަތެއް ނެތް ފަދައެވެ. 

    އެމްޑީޕީ އުފެދިގެން އެންމެ ފުރަތަމަ ކުރި ކަމަކީ ލާއިންސާނީ އަނިޔާ ނައްތާލުމެވެ. އެމްޑީޕީ އުފެދުނު ފަހުން އެންމެނަށް އަނިޔާކުރި ހުރީ އެންމެ މީހެކެވެ. އެއީ ރައީސް ޔާމީނެވެ. ޕީޕީއެމާ ރައީސް ޔާމީނާ އޯކޭ ނުވާ އަދި ނުވެސް ވާނެ ކަމަށް ވިދާޅުވާ ހަމަ އެކަނި ލީޑަރަކީ ރައީސް ޞޯލިޙެވެ.

    ޕްރައިމަރީގެ ތެރޭގައި ރައީސް ޞޯލިޙް އެހެން ވިދާޅުވީ ވެސް އެމްޑީޕީގެ ރައީސް ، ރައީސް ނަޝީދަށް ޔާމީނު އޯކޭވިލެއް ބޮޑުކަމާ އަވަސް ކަމުންނެވެ. ތާއީދު ކުރާ މީހުންނަށް އެވަރު އެނގުަނަސް އީމާންވީ މީހުން ގޮވާނަގަނީ އަވަހަށް ޕާޓީއެއް ހަދާ ވަކިން ވާދަ ކުރުމަށެވެ. 

    ޕްރައިމަރީން ރައީސް ނަޝީދު ބަލިވުމަކީ މިފަހުން ރައީސް ނަޝީދުވީ 5 ވަނަ ބައްޔެވެ. ޑިމޮކްރަސީއަކީ މޮޅުވާ މީހާ ފަހަތަށް ބަލިވާ މީހާ އެރުމޭ އެންމެ ބާރަށް ގޮވީ ރައީސް ނަޝީދެވެ. ތިމާ ބަލިވީމާ އެއޮތީ ޑިމޮކްރަސީ ބަލިވެފައެވެ. ބަލި ގަބޫލު ނުކުރާ ޑިމޮކްރެޓް އެހުރީ އަމިއްލަ ޕާޓީ ހަދަން އެއް ރޮއްޖަކަށް ފޫގަޅާފައެވެ. 

    އެމްޑީޕީން ވަކި ނުވެ އަންނި ހުރުމުގެ މާނަ އެނގޭ ހެއްޔެވެ؟ މިހާރު އެބަލަނީ  ވަކިން ވާދަ ކުރަން ގޮވާ އީމާންވި މީހުންގެ އަޑު ވައިގެ ހިފާ އާޕާޓީއަށް މީހުން ސޮއިކުރާ ވަރެއް އަޖުމަ ބެލުމެވެ. ނަތީޖާ ރަނގަޅިއްޔާ މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދިނުމަށް ފަހު ވާނެ އެއްޗެއްވާން އަމިއްލައަށް ވަކިން ކުރިމަތި ލާނެއެވެ. އެހެން ނޫނީ ކައިރީގައި ތިބި އެންމެން ލައްވަ އިސްތިއުފާދީ މަގުމަތި ކޮށްފައި އަންނި ހުންނާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމުގެ އިއްޒަތާ އިނާޔަތާ ޙިމާޔަތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ވުރެ ބޮޑު މޮޓޮކޭޑްގައި މަގުތަކުގައި ދުއްވާށެވެ،

    މިހާރު ގަންނަހާ ގަނޑެއް އެ ގަންނަނީ ކޮންމެހެން ހޮވޭކަށް ނޫނެވެ. ބަޔަކު ގަޅަ ހައްދައިގެންވެސް އެޖަހަން އުޅޭ ސުއިސައިޑް އެޓެމްޕްޓަކީ ރައީސް ޞޯލިހަށް ދެވަނަ ދައުރެއް ނުދޭން ހިތުގައި އޮތް އަދާވާތް ތެރިކަމާ ނަފްރަތެވެ. ޕްރައިމަރީން ބަލި ވުމުން ޖަހާ ހުރިހާ ސަކަރާތެއް އެޖަހަނީ އެ ބޭނުމުގައެވެ.

    ]]>
    Wed, 24 May 2023 17:32:25 +0500 ހީރަސްނިއުސް
    ޗާގޯސް ރާއްޖެތަނަކަށް ވެއްޖެނަމަ ފައްޅިއަޅަން ހުއްދަދޭން މަޖުބޫރުވާނެ: ނިހާދު https://heerasnews.com/1431 https://heerasnews.com/1431 ޗާގޯސް ވާހަކަ އަކީ ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ ދީނީ މިނިވަންކަން ގެންނަން ހިންގާ ޖަރީމާއެއް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު ނިހާދު ވިދާޅު ވެއްޖެއެވެ. އިއްޒަތްތެރި މެންބަރ ނިހާދު ވިދާޅުވަނީ ޗާގޯސް ރާއްޖެ ތަނަކަށް ވާހިސާބުން ފައްޅިއަޅަން ހުއްދަ ދިނުން މަޖުބޫރު ވާނެކަމަށެވެ.

    މެންބަރ ނިހާދު އިތުރަށް ތަފްސީލްކޮށް ދެއްވަމުން ވިދާޅުވީ " އެ ނުބައި މަގްސަދުގައި ރާއްޖޭން ބައެއް ގެއްލިއްޖެއޭ ކިޔާ ދައްކާ ވާހަކަ ހުއްޓުވަންޖެހޭ" ކަމަށެވެ. އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތުނެތް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

    ޗާގޯސްގެ ރައްވެހިން ކަމުގައިވާ " ޗާގޯސިއަންސް" އަކީ ކްރިސްޓިއަނުންނެވެ. ރާއްޖޭގެ ބަޔަކަށް ޗާގޯސް ވެއްޖެނަމަ އެތާނގެ ރަށްވެހިން ވެގެންދާނީ ރާއްޖޭގެ ރައްޔިތުންނަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެކެވެ.

    ]]>
    Mon, 22 May 2023 16:30:43 +0500 ހީރަސްނިއުސް
    ޖޭޕީގެ މިލަންދޫ ފަހުލަވާނު ހަބީބާ އެމްޑީޕީއަށް https://heerasnews.com/1417 https://heerasnews.com/1417 ށ. މިލަންދޫއަކީ ޒަމާނަށްސުރެ އެމްޑީޕީގެ މެޖޯރިޓީ ނަގަހައްޓަމުންދާ އެއްރަށެވެ. މިލަންދޫ ދާއިރައަކީ ރައީސް ސޯލިއުއަށް ކާމިޔާބު ދާއިރާއެކެވެ. މުޅި ދާއިރާގައި ތަފާތު ކުރުމެއްނެތި ހިންގަމުންދާ ތަރައްގީގެ މަސްރޫއު ތަކަކީ ރައީސް ސޯލިހު އެ ދާއިރާއަށް ބަހައްޓަވާ ގާތްކަން ހާމަކޮށްދޭ އެއްކަމެވެ.

    މިލަންދޫ ގައި ޖޭޕީ ލީޑުކުރަމުންދާ ފަރާތަކީ ހަބީބާ އާއި އޭނަގެ އާއިލާއެވެ. މިލަންދޫން ޖޭޕީން ވަނީ މީގެ ކުރިން ބައެއް ކާމިޔާބީތައް ވެސް ހާސިލްކޮށްފައެވެ. އެހެން ނަމަވެސް އެމްޑީޕީން ރަށްރަށަށް ކުރި ދަތުރުތަކުގައި އެންމެ ފާހަގަ ކޮށްލެވިގެން ދިޔަ އެއް ކަމަކީ ޖޭޕީގެ ޒަމާންވީ ސަޕޯޓަރު އަދި ބަދަލުވުމެއްނެތި ޖޭޕީގެ ހަރަކާތް މިލަންދޫއާއި މިލަންދޫ ދާއިރާގައި ހިންގަމުންދާ ފަރާތްކަމުގައިވާ ހަބީބާ އެމްޑީޕީއަށް ސޮއިކުރުމެވެ.

    ހަބީބާ އެމްޑީޕީއަށް ސޮއިކުރުން ކުރިއަށް ގެންގޮސްފައި ވަނީ މިލަންދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހަބީބާގެ ފޯމާ ހަވާލުވެ ވަޑައިގަތީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ. ފޯމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން އަލީ ރިޒާ ވިދާޅުވީ ، މިއީ ތާރިހީ ކާމިޔާބީއެއްކަމަށާއި ކުރިއަށް އޮތްތަނުގައި ނަތީޖާތައް ދެގުނަ ކުރުމަށް ލިބެގެން ދިޔަ ފަހި ފުރުސަތެއް ކަމަށެވެ. މި ރަސްމިއްޔާތުގައި މިހާރު މިލަންދޫއަށް އަންނަމުންދާ ތަރައްގީއާއި ،ކުރިއަށް ރޭވިފައިވާ ކަންކަމަށް އަލި އަޅުވާލެއްވިއެވެ. މި ރަސްމިއްޔާތުގައި އެމްޕީ އަލީ ރިޒާގެ އިތުރުން އެމްޑީޕީގެ ގިނަ ސަޕޯރޓަރުންނާއި އެކު ސަރުކާރުގެ ވުޒާރާތަކުގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ. ސޮއިކުރެއްވުމަށްފަހު ހަބިބާ ވިދާޅުވީ ސަރުކާރުން މިލަންދޫއައް ގެންނަމުންދާ ތަރައްޤީ ހުއްޓެން ބޭނުން ނުވާކަމަށާއި ، މިލަންދޫ ދާއިރާގެ މެންބަރާއި ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިލަންދޫއާއި މިލަންދޫ ދާއިރާއަށް ގެނެސްދެއްވާ ތަރައްގީ ބަލައިގަންނަ ކަމަށެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ އަދި އެންމެ ފައިދާހުރި ގޮތަކީ ދެވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވުން ކަމުގައެވެ. ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވެސް އިސްކޮށް ހުންނެވީ ހަބީބާއެވެ. މި ފޯރިގަދަ ހަރަކާތް ނިމިގެން ދިޔައީ ރަޢީސްގެ ކެމްޕެއިން ޕޯސްޓާރ ހަރުކުރުމާއިއެކު މެންބަރުގެ ހާއްސަ ސައިފޮދަކާ އެކުއެވެ.

    ]]>
    Sun, 21 May 2023 19:41:09 +0500 ޒުރޫ
    ނަޝީދު ދައްކަން އުޅެނީ މައުމޫނު ދައްކާފަ އޮތް ފިލްމެއް https://heerasnews.com/1407 https://heerasnews.com/1407 ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހަންމަދު  ނަޝީދުގެ 56 ވަނަ އުފަންދުވަހުގެ ހެޔޮއެދުމާ ތަހްނިޔާ ދަންނަވަމެވެ.

    އުމުރުން 55 އަހަރުވުމަކީ ސިޔާަަސީ ލީޑަރެއްގެ ގޮތުގައި ހަމަ އެންމެ ރަނގަޅު ޢުމުރެެކެވެ. ސިޔާސީ ގޮތުން މަގްބޫލްވެ މެދުއުޑުގައި ފިޔަޖަހަން ފަށަން އެންމެ ރަނގަޅު ދުވަސްވަރެވެ. ނަމަވެސް ރައީސް ނަޝީދުގެ 56 ވަނަ އުފަންދުވަހުގެ ހަދިޔާއިން ފެނިގެންދަނީ ހުސްކަމާ މާޔޫސްކަމާ އެކަނިވެރި ކަމާ ބާކީ ވުމެވެ. ފަނޑުވުމާ ކަނިވުމާ ނިވެމުންދާ ދިއުމެވެ. ރިޓަޔަރ ކުރުމުގެ ފުރަތަމަ އުމުރުފުރާގައި ރިޓަޔަރވުމެވެ.

    ރާއްޖޭގެ ވެރިކަން ކުރާ ޕާޓީއަކީ އެމްޑީޕީއެވެ. އެޕާޓީގެ ރައީސަކީ އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ ވެސް ރައީސް ނަޝީދެވެ. އެ މަނިކުފާނާ އެކުއުޅުއްވާ އަރިސް ގިނަ މަޖިލިސް މެމްބަރުން ތަކެއް އެމަނިކުފާނު ރައީސްކަން ކުރައްވާ ސިޔާސީ ޕާޓީން ވަކިވުމަކީ ލިބިވަޑައިގަތް އުފަންދުވަހުގެ ހަދިޔާ އެކޭ ނުވަތަ ސިޔާސީ ގޮތުން ހޯއްދެވި ކާމިޔާބީ އެކޭ ބުނެވޭނެ އެއްވެސް ހަމައެއް ނެތެވެ. މި ކަމުން ދޭހަވަނީ ކުރިންވެސް ބުނިހެން އެކަނިވެރިވުމާ ބާކީ ވުމާ ގޮތް ހުސްވުމާ ގޮތްދޫނުކުރުން އެކަންޏެވެ.

    ޑިމޮކްރަސީގައި އޮންނަނީ ބަލިވާ މީހާ މޮޅުވާ މީހާ ފަހަތަށް އެރުމޭ، އެކުގައި ކުރިއަށް ގޮސް އިންތިޚާބްތައް ކާމިޔާބު ކުރުމޭ އެންމެ ހަރުއަޑުން ވިދާޅުވި ބޭފުޅުންނަށް ބަލި ގަބޫލު ނުކުރެވިގެން އުޅޭ މަންޒަރު ފެނުމުން އެމްޑީޕީ އާއި ވާދަވެރި ފަރާތްތަށް އުފާ ކުރާނެއެވެ. ނަމަވެސް އެއީ އެމްޑީޕީ މެމްބަރުން ދެރަވެ ލަދުގަންނާނެ ކަމެކެވެ.  

    ހުރިހާ ދުވަހު ތިމާމެން އިތުބާރުކޮށް ފަހަތުން ހިނގި ސިޔާސީ ބޮޑުން އަޅާހާ ގޯޅިއެއް އަޅާ ދާހާ ކައްޗާ އެއްގައި އެ މީހުން ޖައްސާ ހައްލާ ވާވައްދަން އުޅެނީ ކަން އެ މީހުންނަށް އެނގުނީމާ އެހުރީ ލަދުހުތުރު ކަންކަމެވެ.

    އަޖައިބެކެވެ. ރައީސް ނަޝީދު ނޫން ބޭފުޅަަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުވީމާ އުޑު ބޮލަށް ވެއްޓެނީ ހެއްޔެވެ؟ އިމްތިޔާޒު ފަހުމީއަށް ޗެއަރޕާސަންކަން ނުލިބުނީމާ ބިންގަނޑު ހެލިގަތީ ހެއްޔެވެ؟

    ދުނިޔޭގައި އުޅޭއިރު އަބަދު ވާނީ ހިތްއެދޭހާ ގޮތެއް ނޫނެވެ. ރޭގައި ކުރަން ހިތުލީ އެތައް ކަމެއް އަނެއްރޭ ނިދަން އޮށޯންނަ އިރުވެސް ނުވެ ތޮޅިއަށް ދިއުމަކީ ދުނިޔެ ހިނގާ ގޮތެވެ. މިހުރިހާ ކަމަކަށް ރުހި ރީތި ގޮތުގައި އުޅެން ނޭނގިއްޖެ ކޮންމެ މީހަކު ދާނީ އެކަހެރިވެ ބާކީ ވަމުންނެވެ. 

    ދިވެހިންނަށް މިންވަރު ކުރައްވާފައި އޮތް ގޮތަކީ އަބަދާ އަބަދު ޒުވާބާ ޖަދަލުކޮށް ހަލަބޮލިވެ ހައިޖާނުގައި އުމުރު ހުސްކުރުން ނޫންކަން މިހާރު ދިވެހިންނަށް ވެސް އެނގޭނެއެވެ.

    ވާކަމެއް ވަމުން ނުވާކަމެއް ނުވަމުން ، އިއްޔެވީ ގޯސް މާދަމާ ރަނގަޅު ވުމުގެ އުންމީދުގައި ކުރިއަށް ދިއުމަކީ ގިނަ ބަޔަކަށް ކަމުދާ ގޮތެވެ. 

    އެތައް ވައްތަރެއްގެ ޚިޔާލު ތަފާތުވުމާއި ސިޔާސީ ކޯޅުމާހުރެ މިހާތަނަށް އުފެއްދި ހުރިހާ ކޯލިޝަނެއް ދުވަސް ނުފުރާ ބައިގެން ދިޔައެވެ. ކޯލިޝަން ހަދާ އެކިފަހަރު އެކި ގޮތަށް ބައި ބަދަލު ކުރަން އަބަދުވެސް ތިބެނީ އެއް ބައެެކެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހަކީ ރާއްޖޭގެ ހަމަ ޖެހުމަށްޓަކާ މިހާތަނަށް އެންމެންނާ އެކު މަސައްކަތް ކުރެއްވުމުގެ ރޫޙު ކުރިއަށް ނެރުއްވި ރައީސެވެ. އެ މަނިކުފާނު އެގޮތުގައި ހުންނެވި ނަމަވެސް ދެންތިބި މީހުން ކެތް ނުވެގެން ތެޅިފޮޅޭ މަންޒަރު ހައްތާ ބޮޑަށް މިދަނީ ފެންނަމުންނެވެ.

    ފިކުރެއްގެ ދިރުމުން ވަކި ޕާޓީއެއް ހަދައިގެން ދިވެހިރާއްޖެއަށް ވާނެ ރަނގަޅެއް ނެތެވެ. ރައީސް މައުމޫން އެމްއާރުއެމް ހައްދަވައިގެން ވީ މޮޅެއް ނުފެނެއެވެ. މައުމޫނު ރިފޯމްވެ ވަޑައިގަތްތަނެއް ވެސް ކުޑަމިނުން ނުފެނުނެވެ. 

    ރާއްޖޭގެ ސިޔާސީ ބޮޑު ދެފިކުރަށް މިވީ އެއްވެސް ދިރުމެއް ނެތް، ހަމަ އެެއް ގޮތެކެވެ. ވެރިކަމާ ހުރެ ޕާޓީ ގުރްބާން ކޮށް ވަކިވެ ގަންނަނީއެވެ. ރައީސް މައުމޫނާ ރައީސް ނަޝީދުގެ ފުށުން ދިވެހިންނަށް މިފެނުނީ ދެއިސްކިރީނުގައި އަޅުވާފައިވާ އެއް ފިލްމެވެ.

    ]]>
    Thu, 18 May 2023 17:12:45 +0500 ހީރަސްނިއުސް
    އަމުރަށް: ގެއްްލުނު މަގާމުގެ މަސްތުގާ މޮޔަނުވޭ! https://heerasnews.com/1404 https://heerasnews.com/1404 ސިޔާސީ ޕާޓީއެއްގެ ސިފައަކީ މެޖޯރިޓީއަށް ތާއީދު ނުކުރުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ޕާޓީގެ ޓިކެޓްގައި ހޮވިފައި ހުންނަ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކޮށްފައި ހުންނަ މަގާމެއްގައި ހުރެ ވަޒީފާއަށް އައްޔަނު ކުރި ރައީސަށް ހަރާން ކޯރުވުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ގަބޫލު ނުކުރާ ސިޔާސަތެއް ހިންގާ ސަރުކާރަކުން އަތްގުޅި ނުކާވަރުގެ މުސާރައެއް ނަގައިގެން ކަނޑާލަންދެން ހުރުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ޕްރައިމަރީ ތަކުގައި ބަލި ވުމުން ބަލި ގަބޫލު ނުކުރުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ގޮތް ދޫނުކުރާ މަވެތި މީހެއްގެ ފަހަތުގައި ކުޑަކަކޫ ޖަހައިގެން އުޅަބޮށީގައި ދޫލާން އޮތުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ނަމެއްގައި ޕާޓީގައި ތިބެގެން އިދިކޮޅަށް ވުރެ އިދިކޮޅުވުން ހެއްޔެވެ. އެހެން ކަމަށް ވާނަމަ ރަނގަޅީ އެ ވައްތަރުގެ ސިފަ އެމްޑީޕީގައި ނެތިއްޔާއެވެ. 

    ނަމުގެ ކުރިއަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނޫސްވެރިންނާއި ސިޔާސީ ޕްލޭޓްފޯމްތަކުގައި ބޭނުން ކުރާނެ ފުރުސަތު ހޯދާދިނީ ތިޔަ ބުނާ ޕާޓީއެއްގެ ސިފަ ނުޖަހާ ޕާޓީންނެވެ. ސިޔާސަތު ކަމުނުގޮސްގެން ވަކިވާން ނޭގިފައި ކަނޑާލަންދެން ހުރީ ތިޔަ ބުނާ ސިފަނެތް ޕާޓީގެ ޓިކެޓްގައި ހޮވިގެން ހުރި ރައީސް ބަހައްޓާފައި ހުރި މަގާމެއްގައެވެ. އެސްޓީއޯގެ އިސްވެރިޔާގެ މަގާމަށް އާދެވެންދެން ތިޔައީ މާ ބޮޑު މީހެއް ނޫނެވެ. އެމްޑީޕީގައި އޭރުވެސް އެވަރުގެ މަގާމެއް މާމޮޅަށް ފުރާލެވޭނެ މީހުން ތިއްބެވެ. މިހާރުވެސް ތިބޭނެއެވެ. މެނިފެސްޓޯ ކޮމެޓީއެއްގައި ހޭކިލެވުނީމާ ހައްސައެކޭ ހީވަނީ ހެއްޔެވެ. 

    މާ މޮޅު ވާހަކައަކަށް ވެގެން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލިފައި ވާކަމަށް ބުނާއިރު ތިޔަ ބައިގަޑެއް އެމްޑީޕީގައި ތިބެގެން އެމްޑީޕީއަށް ވީމޮޅެއް ނެތެވެ. އެތެރޭގައި ތިބެގެން ކުރިހާ ވެސް ކަމަކީ ސަރުކާރު ހިންގިޔަ ނުދިނުމެވެ. ސަރުކާރުގެ ނަމުގައި ބޮޑެތި ޖަރީމާތައް ހިންގުވުމެވެ. ރައީސް ބަދުނާމު ވާހާ ގޮތަކަށް ކަންކަން ރާވާ ހިންގުމެވެ. 

    މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ދުރާލާ މަޖިލީހުގެ ރިޔާސަތަށް ސަވާރުވެ ތިބެގެން ސަރުކާރަށް ދަތިކޮށް ޖެއްސުން ކުރަން ކުރިހާ ކަންކަން އެހުރީ ފެންނާށެވެ. ކެނޑިގެން ދިޔަ މީހުންނަކީ މަޖިލީހުގައި ތިބެގެން ސަރުކާރު ހިންގުމަށް ދިން އެއްބާރުލުމެއް ނެތެވެ. ވިޕްލައިނެއް ނެރުނިއްޔާ ވަނީ ހިލާފެވެ. މަޖިލީހުގެ ތަޅުން ބޭނުންކުރީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް ޗަރުކޭސް ދައްކާ ތަނަކަށެވެ. ޖަވާބު ދާރީ ކުރުވުމުގެ ނަމުގައި ރައްޔިތުންގެ ފައިސާ ކައިގެން ތިބެ ރައްޔިތުންނަށް ލާބަހުރި ކަމެއް ނުކުރިތާ ރައީސް ނަޝީދަށް ސިޔާސީ ބާރުވެރިކަން ހޯދަދޭން އުޅުން ނޫން ކަމެއް އެތާކު އެ މީހުން ނުކުރެއެވެ. ނަމެއްގައި އޮތް ސްޕަރމެޖޯރިޓީއަކަށް ވުރެ ރަގަޅަށް އިދިކޮޅުވެލިއްޔާ މާރަނގަޅެވެ. ޕާޓީގައި ތިއްބަސް އިދިކޮޅަށް ވުރެ ވީ އިދިކޮޅެވެ. ކަތުރުފަނިން ޕާޓީ މިންޖުވާނެއެވެ.

    ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ. އެމްޑީޕީއަށް ގެއްލޭނެ އެއްޗެއްގެ ވާހަކަ ދެއްކުމުގައި ދޮޅިކެނޑެންދެން އަމްރު ތިޔަ އުޅެނީ ގެއްލުނު ވަޒީފާގެ އަސަރުގައި ޖެހިގެންކަން އެންމެންނަށް ވެސްއެނގެއެވެ. ވަތުއޮޑި ކަޑައިގެން އައިސް ޖެހުނީމާ ތިޔަ އުޅެނީ މާ ވަރުގަދަ އައްސިއެއް އަރައިގެން ވިއްޔާއެވެ. އަނެއްކޮޅުން ޖީސަސްއާއި އަރާއިރާ ގުޅިގެން ހިންގަމުން ދިޔަ ފާދުގެ ޖަރީމާތައް ނުހިންގި މަގުމަތިވެގެން އުޅެވޭ ގޮތެއް ކަމަށް ގޭދޮށުކުދިން ކިޔާތީ އިވެއެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ގެއްލި ރައީސް ސޯލިހަށް ވެރިކަން ގެއްލުމަކީ ފިކުރެއްގެ ދިރުން އެންމެ އެދޭނެ އެންމެ ބެނުންވާނޭ ކަންތައްކަން އެއްވެސް އިރަކު އެކަކަށްވެސް ނޯޅެއެވެ. 

    ހިސާބެއްގެ ހަމަޔަކާއި ގޮތެއް ހުންނަ މީހެއް ކަމަށް ކުރީން މީހުން ހިސާބަކަށް ގަބޫލުކޮށް އުޅުނެވެ. ތިމާގެ ލޮލުން ތިމާގެ ދުނިޔެ ނުފެންނަވަރުގެ ކަންނާޑިއެއް އަޅާތީ ނުފެންނާތީ މީހެއްގެ ލޮލުން ތިމާގެ ދުނިޔެ ބަލާވަރުގެ ސޮހޮލެއްކަމެއް މީހުންނަކަށް ނޭނގޭނެތާއެވެ. ލޮލަށް ފެންނަތަން ނުފެނުމަށްވުރެ ދެރަކަމެއް ނުއޮންނާނެއެވެ. އިއްޔެ މެދުއުޑުގައި ހުރި އިރު މިރޭ ވީއިރު އެތާކު އެ އިރެއް ނެތެވެ. މި ބީދައިން އަންނިގެ ތަރިވެސް އެހެރަދަނީ ބާރަށް އޮއްސޭށެވެ. ބަލަން ތިބޭށެވެ. ޕާލަމެންޓްރީ ގްރޫޕްގެ ތާއީދު ގެއްލުނުތާ ކިތަންމެ ދުވަހެކެވެ. ޕާޓީގެ ގައުމީ މަޖިލިސް މުށުތެރޭން ދޫވެ މިނިވަން ވެއްޖެއެވެ. ކޮންގްރަސްގައި އިންނަން ޖެހުނީ އެކަހެރިވެ ބަކީވެފައެވެ. ރިޔާސީ ޓިކެޓް ދިޔައީ އަތަށް ފުށް ދީފައެވެ. އަމްދުން އިތުބާރު ކުރާ މީހަކު ނެތެވެ. ބަރުލަމާނީއާއި ބޮޑުވަޒީރުކަން ކުރަން އޮތީ ޗާގޯހުގައެވެ. ބަޔަކު ބައިންދާފައި އިނީތީ މަޖިލީހުގެ ރިޔާސަތުގައި އަދި އެބަ އިނދެވެއެވެ. އެންމެ ފަހުން އިއްޔެ އަތުގައި ހިތަކަށް އޮތް ޕާޓީ އެއޮތީ އަތުން ގެއްލިފައެވެ. 

    ނިކަން ފުއްޕާފައި ނިކުމެ ޕާޓީހަދާށެވެ. އިވާއާއި ހަސަންލަތީފާއި އިންތިގެ މަޅީގައިޖެހި މައުމޫނަށް ވީވަރު ވިއްޔާވެސް ރަނގަޅެވެ. އެފަކީރަށް އަދިވެސް އެއުޅެނީ 3000 ހަމަކޮށް ނުލެވިގެނެވެ. އަތަށްފަޔަށް ދަރިން ތިބެ ތިރީސް އަހަރުވެރިކަން ކުރި މީހާގެ ހާލަކީ މިއެވެ. 3 އަހަރު ހަމަނުކޮށް ވެރިކަމުން ފުންމާލީ މީހަކަށް 3000 ހަމަވިއްޔާ ގައި ނަސީބެވެ. އަބަހައްދު ނުވާ މީހަކަށް އެއީ ލައްކަ ވަރެކެވެ. މައުމޫނު ވާ ޕާޓީއެއް ހެއްޖަސް ރިޔާސީ އިންތިހާބެއްގައި ވާދަކުރާކަށް ނުވިސްނައެވެ. އެކަމަކު ފިކުރުގެ ދިރުމުން ރިޔާސީ އިންތިހާބަށް އަންނި ވަނީ ނެރޭށެވެ. މިހާރު ނުކުޅެވި އޮތީ އެކާޑު އެކަންޏެވެ. ކުރިއަށްކަމަށް ހީކޮށް ކުޅުނުހާ ހަކުޅި ކުޅެވުނީ ފަހަތަށް ކަން އެގޭނެއެވެ. ރައްޔިތުންގެ ގިނަ ބަޔަކު އެތިބީ ސައިޒް ދައްކާލަން ކެތް މަދުވެފައެވެ.

    ]]>
    Thu, 18 May 2023 02:11:49 +0500 ހީރަސްނިއުސް
    ގާނޫނަށްވުރެ މަތީގައި މީހުންނަކަށް ނުތިބެވޭނެ: އަސްލަމް https://heerasnews.com/1391 https://heerasnews.com/1391 އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ނިންމައިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތައް ނުގެންނަވާނެ ކަމަށް މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ ރައްދު ދެއްވައިފިއެވެ. މަޖިލީހުގެ ކޮމެޓީތަކަށް ބަދަލު ގެނައުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅުމުން އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް މަޖިލިސްގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

    ހީރަސް ނިއުސް އިން އެކަމާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އައްޑޫ ހިތަދޫ އުތުރު ދައިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ބަދަލުތައް މަޖީލީހުން ގެނެސް ދެއްވަން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ. މަޖިލީހުގެ ގަވައިދުގައި ވަކި ގޮތަކަށް ކަނޑައެޅިފައި އޮތްކަމެއް އެ ގޮތަށް ކުރައްވަން މަޖިލީހުގެ ރިޔާސަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

    މަޖިލިސްގެ ރައިސް ނަޝީދަށް ޖެހިވަޑައިގަންނަވާނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅުއްވި ގޮތަށް ކޮމެޓީ ތަކަށް ބަދަލު ގެނެސްދެއްވަން ކަމަށް ވިދާޅުވަމުން އަސްލަމް ވިދާޅުވީ ގާނޫނަށް ވުރެ މަތީގައި މީހުންނަކަށް ނުތިބެވޭނެ ކަމަށެވެ. ކޮންމެ މީހަކަސް ޖެހޭނީ ގާނޫނަށް ބޯލަނބަން ކަމަށް އޭނާ ވިދާޅުވިއެވެ.  

    ]]>
    Tue, 16 May 2023 15:25:39 +0500 ހީރަސްނިއުސް
    އިޖުތިމާއީ ހިދުމަތުގައި ސްޓެލްކޯއަކީ މިސާލެއް https://heerasnews.com/1382 https://heerasnews.com/1382 އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ސްޓެލްކޯ މިސާލަކަށް ފުދެއެވެ. ސްޓެލްކޯގެ މިހާރުގެ އަމާޒަކީ ވިޔަފާރި ފުޅާކޮށް ފައިދާ ހޯދުން އެކަންޏެއް ނޫނެވެ. ސްޓެލްކޯއިންދެވޭ ޔުޓިލިޓީ ހިދުމަތްތައް ފުޅާކޮށް ކާމިޔާބުކަމާއެކު ދެމެހެއްޓުމަކީ އެންމެ އިސް އެއް މަސްއޫލިއްޔަތެވެ. ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ދަތިކަމެއް ނެތި ލުއިފަސޭހަކަމާއެކު ފޯރުކޮށް ދިނުމަކީ ކެނޑިނޭޅި ކުރެވޭ މަސައްކަތެވެ. ދެވޭ ހިދުމަތަކީ ޖީބަށްލުއި ހަރަދުކުޑަ ހިދުމަތަކަށް ހެދުމަކީ ހުއްޓުމެއް ނެތި ތަރުތީބުވެގެން ހިނގަހިނގާ އޮތް ކަމެކެވެ. މުއައްޒަފުންނަށް ރައްކާތެރި ފަހި މާހައުލެއް ގާއިމިކޮށްދީ މުއައްޒިފުންގެ ލޯތްބާއި ކަމޭހިތުން އޮތް ތަނަކަށް ސްޓެލްކޯ ހެދުމަށް ކުރެވޭ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ. މުއައްޒަފުންނަށް ހިޔާވަހިކަމާއި ހައްޖު އުމްރާގެ އަޅުކަމާއި ކުދިން ބެލުމަށް ދާންދެން ސްޓެލްކޯގައި ފަހިވެފައި އެބައޮތެވެ. ތަމްރީނާއި ހުނަރުވެރިކަމުގެ ޕްރޮގްރާމްތައް އޮތީ ހިނގަ ހިނގައެވެ. 

    ފޯރުކޮށް ދިނުމަށް މަތިވެފައިވާ ޔުޓިލިޓީ ހިދުމަތްތަކުގެ އިތުރަށް އިޖުތިމާ ޒިންމާގައި ވެސް ސްޓެލްކޯ ވަރެއް ނެތެވެ. އިހުތިސާސްގައި ހިމެނޭ ރަށްރަށުގެ ތަރައްގީއާއި އެކުވެރި ބަދަހި މުޖުތަމައަކަށް ކުރޭ ކޮންމެ ކަމެއްގައި ސްޓެލްކޯ ދަނީ މިސާލު ދައްކަމުންނެވެ. ކުޅިވަރާ މުނިފޫހި ފިލުވުމާއި މުޖުތަމައުގެ ފައިދާއާއި ލާބައަށް ކުރެވޭ ކޮންމެ ކަމެއްގައި ސްޓެލްކޯގެ ދައުރު ބޮޑެވެ. ގައުމީ މުނާސަބަތުތަކާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ސްޓެލްކޯއިން ދޭ އިސްކަން ވަރަށް ބޮޑެވެ. ރައްކާތެރި މައިވަންތަކަމުން ފެށިގެން ކުދީންގެ ތަރުބިއްޔަތަށް ދާންދެން ސްޓެލްކޯގެ ބައިވެރިވުން ނިހާޔަތެވެ. 

    މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމު ސްޓެލްކޯގެ ތަސައްވަރު އިންތިހާ މަތިކޮށް ދެއްވުމަށް އަވަދި ނެތި ކުރައްވާ ތޫނުފިލި މަސައްކަތްޕުޅުގެ ނަތީޖާ ސްޓެލްކޯއަށާއި އެތާނގެ މުއައްޒަފުންނާއި ރައްޔިތުންނަށް ފެންނަނީ ފަހިކޮށެވެ. ބޮޑެތި ކާމިޔާބީ ތަކާއެކު ސްޓެލްކޯ ވަނީ އިތުބާރާ ޔަގީން ކަމާއި ދުޅަހެޔޮކަން ހޯދާފައެވެ. 

    މިމަހު ފާހަގަ ކުރި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގައި އިހުތިސާސްގައި ހިމެނޭ އެތައް ރަށެއްގެ ކުޑަކުދިންނާ ވެސް ސްޓެލްކޯ އޮތީ އަތުގުޅާލާފައެވެ. ކުޑަކުދީން ތިބީ ހެއްވާލާފައެވެ. ބެލެނިވެރިން ތިބީ އުފަލުން ފޮޅިފައެވެ. 

    ކ. ގުޅި 

    ކ. ގުޅީ އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް އެކި އިދާރާތަކާ ގުޅިގެން ކާމިޔާބު ހަރަކާތްތަކެއް ހިންގާފައެވެ، ގުޅީގައި ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި، ގޭމްތަކާއި އެކު އުފާވެރި ވަގުތުތަކެއް އެ ކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައިވެއެވެ.

    އދ. ދަނގެތި

    ކުޑަކުދިންގެ ދުވަހާއި ގުޅިގެން އދ. ދަނގެތީގައި ކުރިއަށް ގެންދިޔަ އިވެންޓުގައި ދަނގެތީ އިންޖީނުގޭގެ މުވައްޒަފުން ވަނީ ދަނގެތީގެ ކުޑަ ކުދިންނަށް ހަދިޔާ ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

    އއ. މަތިވެރި

    އއ. މަތިވެރީގެ އިދާރާތައް ގުޅިގެން ބޭއްވި "ކޮއްކޮމެންގެ ހަވީރު" ގައި މަތިވެރީ އިންޖީނުގޭގެ މުވައްޒަފުންގެ ފަރާތުންވަނީ 6 ސްޓޯލްއެއް ތައްޔާރުކޮށް، ކުޑަ ކުދިންނަށް ކަރަންޓާއި ގުޅޭ މައުލޫމާތު ދިނުމަށްޓަކާ ދަސްކުރަމާގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

    އއ. އުކުޅަސް

    އއ. އުކުޅަހު އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް އުކުޅަހުގައި ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާފަދަ އުފެއްދުންތަކާއި، ގޭމްތަކާއި އެކު، އުފާވެރި ވަގުތުތަކެއް އެކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

    ވ. ފެލިދޫ 

    ވ. ފެލިދޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފެލިދޫގައި ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި، ގޭމްތަކާއި އެކު، އުފާވެރި ވަގުތުތަކެއް އެކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

    އދ. ފެންފުށި

    އދ. ފެންފުށީ އިންޖީނުގޭގެ މުވައްޒަފުން ވެސް ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފެންފުށީގައި ބޭއްވި ހަރަކާތުގައި ބައިވެރިވެ، ކުޑަކުދިން ޝައުގުވެރިވާފަދަ އުފެއްދުންތަކާއި، ގޭމްތަކާއި އެކު، އުފާވެރި ވަގުތުތަކެއް އެކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

    އދ. ހަންޏާމީދޫ

    އދ. ހަންޏާމީދޫ ސްކޫލުގެ އެދުމުގެ މަތިން ހަންޏާމީދޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެ، އެކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއިއެކު، އުފާވެރި ވަގުތުތަކެއް އެކުދިންނަށް ހޯދައިދީ، މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

    ]]>
    Sun, 14 May 2023 23:30:24 +0500 ހީރަސްނިއުސް
    އެމްޕީއެލް ކޮމިއުނިޓީ ފަންޑް ތައާރަފުކޮށްފި https://heerasnews.com/1369 https://heerasnews.com/1369 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮމިއުނިޓީ ފަންޑެއް ތައާރަފް ކޮށްފިއެވެ. އެމްޕީއެލް ކޮމިއުނިޓީ ފަންޑުގެ ބޭނުމަކީ މުޖުތަމައަށް ފައިދާ ހުރި އެކި މަޝްރޫއުތަކަށް އެހީ ދިނުމެވެ. ކޮމިއުނިޓީ ފަންޑުން އެހީ ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅަން ހުސްވި މަހު ވަނީ ހުޅުވާލާފައެވެ. ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެއެވެ. 

    އެމްޕީއެލް އިން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި ތައުލީމީ ދާއިރާއަށާއި ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑަށް ކުރިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

    އަހަރަކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް 10 މަޝްރޫއަށް ޖުމްލަ 600،000ރ. ހަރަދު ކުރާނެއެވެ. ކުދި މަޝްރޫއު ތަކަށް އެހީގެ ގޮތުގައި ބައިލައްކަ ރުފިޔާ ދޭއިރު އެއްލައްކަ ރުފިޔާ ބޮޑު ދެ މަޝްރޫއަކަށް ދޭނެއެވެ. ފަންޑުގެ ދަށުން އެހީވުމުގައި އދ.ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އިސްކަންދެއެވެ. 

    ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެހީދިނުމަށް ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އދ.ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް %40 ދެވޭއިރު އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް %20އާއި ޕްރޮޖެކްޓް ކުރިއަށް ގެންދާ ގޮތަށް %30 ގެ އިތުރުން ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް %10 ކަނޑައެޅިފައިވެއެވެ.

    އެމްޕީއެލް ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކައުންސިލްތަކަށާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކަށާއި ކްލަބްތަކަށާއި ސްކޫލްތަކަށެވެ.
    ]]>
    Thu, 11 May 2023 19:52:17 +0500 ހީރަސްނިއުސް
    ޕީޕީއެމުން އެހެންދީންތަކަށް ރާއްޖެ ހުޅުވާލަދޭން ބައިއަތުހިފުން https://heerasnews.com/1349 https://heerasnews.com/1349 ފެށުނީއްސުރެ ޕީޕީއެމް ފިކުރުގެ މީހުންގެ ކުރިމަތީގައި ރައީސް ނަޝީދަކީ ލާދީނީ މީހެކެވެ. ޕީޕީއެމްގެ މީހުން ދެކޭ ގޮތުގައި ނަޝީދުގެ ކޮންމެ ފިޔަވަޅަކީ ދީނާ ދެކޮޅަށް އަޅާ ފިޔަވަޅެކެވެ. ބުނާ ކޮންމެ ބަހަކީ ދީނާ ދެކޮޅު ބަހެކެވެ. ނަޝީދާ އެކު ދީނަށް ނަސްރު ލިބޭނެ އެއްވެސް ކަމެއް ކުރެވިދާނެ ކަމަކަށް އެ މީހުން ދުވަހަކުވެސް ގަބޫލެއް ނުކުރެއެވެ. ޕީޕީއެމުން ބުނާ ގޮތުގައި ނަޝީދާ އެކު އުޅޭނީވެސް ރާއްޖޭން އިސްލާމް ދީން ފުހެލަން އުޅޭ ބައެކެވެ. 

    ނަޝީދުގެ ކިބައިގައި ގައުމިއްޔަތުގެ ކަންފުޅެއް ހުންނަ ކަމަކަށް ވެސް އަދުރޭމެން ދުވަހަކު ނުދެކެއެވެ. ނަޝީދުގެ ގައުމިއްޔަތަކީ އެހެން ގައުމިއްޔަތެއް ކަމަށް އެ މީހުން ދެކެއެވެ. ރާއްޖެ އެހެން  ދީންތަކަށް ހުޅުވާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ނަޝީދު ބޮލުގައި ޕީޕީއެމުން އަބަދު އަޅުވައެވެ. އެހެނެއް ކަމަކު ނަޝީދުގެ ލާދީނީ އެޖެންޑާ ކާމިޔާބު ކޮށްދޭން ޕީޕީއެމް މިއަދު އަތުގުޅައިފިއެވެ. 

    ޗާގޮސް މައްސަލަ ސަބަބަކަށް ހަދައިގެން ކުރަން މި އުޅެނީ ކީއްކަން އެގެއެވެ. ރާއްޖޭގެ ގާނޫނު އަސާސީ ލިޔެވެން ފެށީއްސުރެ ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް އެއްވެސް އިރަކު ރާއްޖޭން ގަބޫލުކުރި ނަމަ އެކަން އޭގައި ބަޔާންކޮށްފައި އޮތީހެވެ. އެކަމަކު ނުކުރެއެވެ. 1996ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނު ލިޔެވުނު އިރުވެސް ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ޗާގޯހަކާ ގުޅުވައެއް ނުލައެވެ. އައްޑުއާއި ހިސާބުން ނިންމީއެވެ. އޭގެކުރިންވެސް އެކަމާ އުޅުނު މީހަކު ނެތެވެ. ކައިރީގައި އޮންނަ ވައްތަރު ކޮންމެ އެއްޗަކީ އަމިއްލަ އެއްޗެއް ކަމަށް ދުށުމެކޭ ކައިރީގައި އުޅޭ ކޮންމެ އަންހެނަކީ ތިމާގެ އަނބި މީހާކަމަށް ބެލުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. 

    ނަޝީދާ ބައިވެރިވެގެން ޕީޕީއެމުން ތިޔަ އުޅެނިއްޔަކީ ޗާގޯސް ހޯދާކަށް ނޫނެވެ. ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެނެއް ވެސް ނޫނެވެ. ރާއްޖޭގެ މިހާރުގެ ސަރުކާރާއި ދުނިޔެއާއި އޮތްގުޅުމާއި ރައްޔިތުން ރައީސް ސޯލިހަށް ކުރާ އިތުބަރާ ހުރެ ވެރިކަމާ ގާތް ނުވެވިދާނެތީއެވެ. ރާއްޖެ އެހެން ދީންތަކަށް ހުޅުވާލަން ނަޝީދުކުރާ މަސައްކަތަށް ވާގިދޭށެވެ. ތިޔަ ޖަހަނީ އޮޔާ ވަޔާ ދެކޮޅަށް ޖަހާ މަރު ފައްޔެއްކަން ނޭނގިގެން އުޅެނީ ކާކަށް ހެއްޔެވެ. 

    ރާއްޖޭން ކޮންމެ ވައްތަރެއް ދެއްކިޔަސް ޗާގޯހަކީ މޮރިޝަސްގެ ތަނެއް ކަމަށް ދުނިޔެ އެ އޮތީ ގަބޫލުކޮށްފައެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނަކަށް ވެފައެވެ. ޗާގޯސް މޮރިޝަސްގެ ތާކަށް ވުމުން މޮރިޝަސްއާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފުށުއަރާނެކަން ނޭނގޭ މީހަކު ނޫޅެއެވެ. ހާއްސަ އިގްތިސާދީ ސަރަހައްދު ފުށުއެރުމުން ދެން ހަދަން ޖެހޭގޮތް ރާއްޖޭގެ ގާނޫނު އެބަބުނެއެވެ. ރާއްޖޭގެ ގާނޫނުވެސް ބުނާ ގޮތަށް އެކަން ކުރީ ރާއްޖެއާއި މޮރިޝަސް އަމިއްލަ އަމިއްލައަކަށް ނޫނެވެ. އދ މަޖިލީހުގެ ކަމާބެހޭ ޓްރައިބިއުނަލުންނެވެ. އޮޅުވާލަން ތިޔަ އުޅެނީ ކޮން އެއްޗެއް ކާކަށް ހެއްޔެވެ. ތިމާމެންގެ މޮޅުކަމުން ހެދޭނެ އެހެން މޮޅު ގޮތެއް ނިކަން ބުނެބަލާށެވެ. 

    ޕީޕީއެމް އާއި ނަޝީދާއި ގުޅިގެން ހޯދޭނެ ޗާގޯސް އެއް އިގުތިސާދީ ސަރަހައްދެއް ނުއޮންނާނެއެވެ. ޗާގޯސްގައި އުޅުނު މީހުންނަކީ ކްރިސްޓިއަނުންނެވެ. އެތާނގައި މީހުން އުޅުނު އިރު އޮތީ ކްރިސްޓިއަން ދީނާއި ކްރިސްޓިއަން ހަޒާރަތެވެ. ޗާގޯސް ރާއްޖެއަށް ނަޝީދު ލައްވާ ހޯދައިގެން އެތާނގެ ކްރިސްޓިއަން ރަށްވެހިން އެތާގައި ވަޒަންވެރި ކުރުވާ ރާއްޖޭގެ ރައްޔިތުންނަށް ހަދާއިރު ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްކަން ވައްދަނީ ޕީޕީއެމު މީހުން ކޮންތާކަށް ހެއްޔެވެ. ނަޝީދު ބޭނުން ވާގޮތަށް އެހެން ދީންތަކަށް ރާއްޖެ ހުޅުވާލަދޭން ޕީޕީއެމުން ތިޔަ ފަށާ މަސައްކަތަށް ދޭނީ ކޮން ނަމެއް ހެއްޔެވެ. 

    ]]>
    Mon, 08 May 2023 14:33:30 +0500 ހީރަސްނިއުސް
    ގެއްލުނު އެއްޗެއް ނަގާލީ ކުރީގެ ބަންޑާރަ ނައިބުން https://heerasnews.com/1331 https://heerasnews.com/1331 ހާއްސަ އިގްތިސާދީ ސަރަހައްދު ޗާގޯސްއާއި ފުށުއަރާ މައްސަލާގައި ސަރުކާރުން އަމަލުކުރިގޮތް ކުށްވެރިކޮށް ފުންނާބު އުސް ކުރީގެ ބަންޑާރަ ނައިބުން  އެކި ކަހަލަ ފެން ނުހިފޭ ހުއްޖަތް އެބަ ދައްކަވައެވެ. ކުރިން ވިދާޅުވަމުން އައީ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށެވެ. ދެން ދައްކަވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އަދި މޮރިޝަސްއަށް ނެތްކަމަށް ބުނެ ދައްކާ ހުއްޖަތެވެ. މިހާރު ޗާގޯސް ވާހަކަ ގޯހަކަށް ވެއްޖެއެވެ. މިހާރު ދައްކަވަނީ ސަރަހައްދުން ބައެއް ދޫކޮށްލައިގެން އުޅޭ ވާހަކައެވެ. ޗާގޯސްގެ ރާއްޖޭގެ ބަޔެއްކަމަކަށް މިހާރަކު ނުވެއެވެ.

    ރައިސް ސޯލިހުގެ ސަރުކާރުން ވެސް ކުރީން ގަބޫލު ކުރީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ނެތް ކަމަށެވެ. ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރުމުގައި ސަރުކާރުން ގޯސްތަކެއް ހަދާފައިވާ ކަމަށް ދައްކަން ރާގުރާގަށް ވާހަކަ ދައްކަވަނީ ފިތުނަ އުފެއްދުމަށެވެ. ސިޔާސީ ބޭނުމުގައެވެ. އެކަމަކު އެކަމުގައި ސަރުކާރުން ގޮތްދުކުރީ ކީއްވެކަން ވަރަށް ސާފެވެ. 

    އެއްބަހެވެ. އިގްތިސާދީ ސަރަހައްދެއް އޮންނާނީ އެ ސަރަހައްދެއްގެ މަންފާ ހޯދާނެ ބަޔަކު ތިބި ތަނަކަށެވެ. ކުރިން ޗާގޯސްއަކީ ބަޔަކު ދިރިނޫޅޭ ވަކި ގައުމަކަށް ނިސްބަތްނުވާ ފަޅުތަނެކެވެ. އެހެން ކަމުން ޗާގޯހުގެ އިގްތިސާދީ ސަރަހައްދެއް ނުއޮންނާނެއެވެ. އެހެން އެކަން އޮތްއިރު ޗާގޯހާ ރާއްޖެއާއި ދެމެދު އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް ވެސް ނެތެވެ. ޖެހުނު މައްސަލައެއް ވެސް ނެތެވެ. މި ސަރުކާރުން ކުރީން ހިފެހެއްޓީ ވެސް އެ ހަމައެވެ. 

    މޮރިޝަސް އާއި ރާއްޖެއާއި ދެމެދު ހާއްސަ އިގްތިސާދީ ސަރައްދުގެ ފުށުއެރުމެއް އޮތްކަމަށް ބުނެ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކުގެ ގާނޫނުގައި ވާގޮތަށް ފުށުއަރާތަން ބަހާލުމަށް މޮރިޝަސް އިން އެތައް ވާހަކައެއް ރާއްޖެއާ ދެއްކިއެވެ. ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ފުށުއެރުމެއް އޮތްކަމަށް އޭރު ރާއްޖޭން ނުދެކޭތީ ރާއްޖޭން އެކަން ކުރުމަށް މިސަރުކާރުން ދެކޮޅު ހެދިއެވެ. އެންމެ ފަހުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް މައްސަލަ ވެއްދީއެވެ. އެ މައްސަލައަކީ މޮރިޝަސްއަށް ރާއްޖެއާ ދެކޮޅަށް އިޓްލޮސް ގައި ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ މުޅި މައްސަލައާއި ރާއްޖޭން ދެކޮޅު ހެދީ މި ސަރުކާރުންނެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެންމެ އިންޗިއެއްވެސް ގެއްލެން ބޭނުން ނުވާތީއެވެ. 

    ރާއްޖޭން އެގޮތުގައި ސާބިތުވެ އޮވެ މި ސަރުކާރުން މަސައްކަތްކުރިއެވެ. އދ ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ރާއްޖޭން މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިނީވެސް މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބި ދާނެތީއެވެ. އެކަމަށް އޭރުވެސް މި ސަރުކާރުން ދެކޮޅު ހެދީތީއެވެ. ރާއްޖޭން ކިތަންމެ ބޭނުން ނުވިޔަސް އެންމެ ފަހުން މޮރިޝަސްގެ ސިޔާދަތަށް ޗާގޯސް ވަދެ މޮރިޝަސްގެ ބައެއްކަމަށް ޗާގޯސްވެގެން ދިޔައީއެވެ. އެހެންކަމުން މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ކުރި މަސައްކަތުން އައިސީޖޭގެ އިސްތިޝާރި ލަފައަކާއި އދގެ އާއްމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ޗަގޯސްގެ ސިޔާދާތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ބުނުމުން އިޓްލޮސް ގެ ފަނޑިޔާރުންގެ ބެންޗުން ނިންމީ ރާއްޖެއާ ދެކޮޅަށް މޮރިޝަސް ހުށަހަޅާފައިވާ މައްސަލަ އިޓްލޮސްއިން ބެލޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މޮރިޝަސްގެ ސިޔާސީ ސަރަހައްދަށް ޗާގޯސްވަދެ ޗާގޯސްއާއ ރާއްޖެއާއި ދޭތެރޭގައި އޮތް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މޮރިޝަސްއާއި އެކު އޮތް ފުށުއެރުމަކަށް ބަދަލުވީއެވެ. 

    ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކުގެ ގާނޫނު ބުނަނީ ފުށުއަރާތަން ބައިކުރުމަށެވެ. ދުނިޔޭގެ ގާނޫނު ތަކާއި ބެސްޓް ޕްރެކްޓިސް އަކީ ވެސް ފުށުއެރުން ބައިކުރުމެވެ. ޑރ، މުނައްވަރު ހުރިހާ އަކުރަކަ ފިއްޔެއް އަތްޕުޅުން 1996ގައި ލިޔުއްވާ މަޖިލީހުން ފާސްކޮށް ތަސްދީގުކޮށް އާޒިމައާއި ދިޔާނާވެސް ތަންފީޒުކުރެއްވި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގައި އެއްބަސްވާ ގޮތަކަށް ބައިކުރުމުގެ ފުރުސަތު އޮވެ އަމިއްލަ އަމިއްލައަށް މިސަރުކާރުން އެކަމެއް މުކުރެއެވެ. ސަރުކާރުން މަސައްކަތްކުރީ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) މެދުވެރިކޮށް ރާއްޖެއަށް އެންމެ ފައިދާ ބޮޑުވާ ގޮތައް ހަމަޖެހިގެން ދިއުމަށެވެ. ސިޓީ ފޮނުވައިގެން ފައިސާ ނަގައިގެން ކޮށްލާނެ ނަމަ އިޓްލޮސްއިން މައްސަލަ ނަގާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނާގޮތަށް އަމިއްލަ އަމިއްލައަށް ކޮށް ނިންމާ ލެވުނީހެވެ. އެކަމަކު ސަރުލަރުން އިސްކަން ދިނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ. އެވަރުންވެސް މިވީ ސަރަހައްދު ބައެއް މިސަރުކާރުން ދޫކޮށްލީ ކަމަށެވެ. އިގްތިސާދީ ސަރަހައްދުން ގެއްލުނު އެއްޗެއް ގެއްލުނީ ކުރީގެ ބަންޑާރަ ނައިބުންގެ ސަބަބުންނެވެ. އެމީހުންގެ އިހުމާލުންނެވެ.  

    ]]>
    Thu, 04 May 2023 15:38:06 +0500 ހީރަސްނިއުސް
    32 ވަނަ ކްރޭނިއޯ&މެކްސިލޯފޭޝިއަލް ކޮންގްރެސް ރާއްޖޭގައި https://heerasnews.com/1326 https://heerasnews.com/1326

    ކްރޭނިއޯ-މެކްސިލޯފޭޝަލްއަކީ އުފެދުމުގައި ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ކަރުން މައްޗަށް (ލޮލަށް، ނޭފަތަށް، ބޮލަށް) ކަރުންމަތީގެ އެހެން ގުނަވަންތަކަށް އަދި މޫނުގެ އައިބުވެފައި ހުންނަ ކަށިތައް ރަނގަޅު ބައްޓަމަކަށް ގެނެސްދިނުމަށް ހަދާ ސާރޖަރީއެކެވެ. ސާރޖަރީ ހެދުމުން ބަލާލަން ރީތި ވެފައި އައިބުތައް ފިލުވާލަދެއެވެ.

    ދުނިޔޭގެ ތިރީސް ދެވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސްގެ ޕްރީ ކޮންފަރެންސްތަކެއް 2023 ގެ މޭ 1 އަދި 2 ގައި ބޭއްވިއެވެ. އެގޮތުން މޭ 1 ގައި ބޭއްވި ހޭންޑްސްއޮން ވޯރކްޝޮޕް ގެ މަޢުލޫއަކީ "ކޯޓިކޯ ބާރސަލް އިމްޕްލާންޓޮލޮޖީ" އެވެ. މި ވޯރކްޝޮޕް ކުރިޔަށް ގެންދަނީ ޑެންޓިސްޓުންނަށް ޙާއްޞަކޮށް ހުޅުވާލެވިގެން، އިންޑިޔާގެ މިކަމާ ގުޅުންހުރި އެންމެ ފުންނާބުއުސް ޑޮކްޓަރުންގެ ޓީމަކުންނެވެ.

    2 މޭގައި ކުރިއަށް ގެންދާ މާސްޓަރ ކުލާހުގެ މަޢުލޫއަކީ "ޕީޑިއަޓްރިކް އެންޑް އެޑަލްޓު ކްރޭނިއޯމެކްސިލޯ ސާރޖަރީ ކޮންޖެނިޓަލް އެންޑް އެކުއާރޑް ޗެލެންޖަސް" އަދި ކުރިޔަށް ގެންދާނީ އެމެރިކާގެ ނިއުޔޯރކް ޔުނިވާރސިޓީގެ ކްރެނިއޯފޭޝިއަލް ޓީމެކެވެ. މި މާސްޓަރ ކުލާހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ އޯރަލް ސަރޖަރީ، ޕްލާސްޓިކް ސަރޖަރީ، ނިއުރޯ ސާރޖަރީ ފަދަ ކްރޭނިއޯ މެކްސިލޮފޭޝަލް ސާރޖަރީއާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ މާހިރުންނަށް ޚާއްސަކުރެވިގެންނެވެ.

    މިފަދަ ކޮންފަރެންސެއް އައި.ޖީ.އެމް.އެޗްގައި ބޭއްވުމަކީ އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެކަމެކެވެ. އަދި ސިއްޙީ ދާއިރާ ކުރިއެރުމަށްލިބޭ އިތުރު ފުރުސަތެކެވެ.

    އައި.ސީ. އެމް.އެފް.އެސްގެ ތިންދުވަހުގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަނޑޮސް އައިލެންޑު ރިސޯރޓުގައެވެ. 3 - 5 މޭ 2023ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ފުންނާބުއުސް ސިއްޙީ އެތައް ގިނަ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިފަދަ ކޮންގްރެސްއެއް ދިވެހިރާއްޖޭގައި ބޭއްވުން މިއީ އަޅުގަނޑުމެންނަށް ލިބިގެންދާ ޝަރަފެކެވެ. އަދި ޝައްކެއްވެސް ނެތް ގޮތުގައި ސިއްޙީ ދާއިރާއަށް ލިބިގެންދާ ކުރިއެރުމެއްވެސްމެއެވެ.

    ދުނިޔޭގެ ތިރީސް ދެވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސް މި އަހަރު ބޭއްވެނީ ދިވެހިރާއްޖޭގައެވެ. ތިރީސް ދެވަނަ މި ކޮންގްރެސްއަކީ އިންޓަރނޭޝަންލް ކޮލެޖް އޮފް މެކްސިލޯފޭޝިއަލް ސާރޖަރީ (އައި.ސީ.އެމް.އެފް.އެސް) ގެ ކޮންފަރެންސެކެވެ. މިފަދަ ބައްދަލުވުންތަކުގައި މިކަމާއި ގުޅިގެން ހޯދިފައިވާ ކުރިއެރުންތަކާއި ، އައު ވިސްނުންތަކާއިި އަދި ކުރެވެމުންދާ ދިރާސާތަކާއިބެހޭ ވާހަކަތައް ބަދަލުކޮށް ހަދައެވެ.

    ކޮންގްރެސް ގެ ޕްރެޒިޑެންޓަކީ އިންޑިއާގެ ޕްރޮފެސަރ ޑޮކްޓަރ އެސް.އެމް. ބާލާޖީއެވެ. ޕްރޮފެސަރ ޑރ. ބަލާޖީ އަކީ އޮނޮރަރީ ކޮންސަލްޓަންޓް ފޭޝިއޯމެކްސިލަރީ ސަރޖަން އެއްގެގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އައި.ޖީ.އެމް.އެޗް އަދި ރީޖަނަލް ހޮސްޕިޓަލް ތަކުގައި އޭނާ ގިނަ އޮޕަރޭޝަންތައް ކުރައްވާފައި ވެއެވެ. ސްވިޒަލޭންޑް އަދި ކެނެޑާގައި ބޭއްވުނު ދުނިޔޭގެ ކްލެފްޓް ކޮންގްރެސްގައި އެންމެ މޮޅު ސައިންސް ތަހުލީލު ތަކާއި ބެހޭ ކަރުދާސް، ދެފަހަރުމަތިން ހާސިލް ކުރެއްވުމާއެކު އިންޑިއާގެ އެސޯސިއޭޝަން އޮފް އޯރަލް އެންޑް މެކްސިލޮފޭޝަލް ސާރޖަންސް ގެ ފަހުރުވެރި "ޖިންވާލާ" ޓްރޮފީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް މެކްސިލޮފޭޝަލް ސަރޖަރީ އިން ރަން މެޑަލް ހާސިލްކޮށްފައިވެއެވެ. ޓެމިލްނާޑޫ ސަރުކާރުގެ ފަރާތުން ދޭ ސައިންޓިސްޓް އެވޯޑް ހާސިލްކޮށްފައިވެއެވެ. ޓެމިލްނާޑޫގެ ސަރުކާރުން ދޭ އެންމެ މޮޅު މެޑިކަލް ފޮތުގެ އެވޯޑުވެސް އެކި ފަހަރުމަތިން އޭނާ ލިއުނު ފޮތްތަކަށް ވަނީ ލިބިފައެވެ. 

    ]]>
    Tue, 02 May 2023 16:10:30 +0500 ހީރަސްނިއުސް
    މުންދަށް: ލެޕްޓޮޕް ކުރިމަތީ އޮނުފުމޭހެން ކަންކަމެއް ނުވާނެ! https://heerasnews.com/1319 https://heerasnews.com/1319 ކަންކަމުން ރެކެން މުންދުމެއް ރަތްލާޖެހި ބޮޑެތި ދޮގު ހަދަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ޖޫން 2019 ގައި ގެން ދިޔުމުގެ ކުރިން މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް 2017 ވަނަ އަހަރު ހުށަހެޅިކަން ނެގޭ ވަރަށް ގަމާރު ވީމާ މީހުންގެ ތެރެއަށް ނިކުމެ މުންދުމެން އަނގަ ނުހުޅުވާށެވެ. 

    މޮންދޫއެވެ. ހޭކެނޑިގެން ނޫޅޭށެވެ. ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިމުގެ މައްސަލާގައި 1992ގައި މައުމޫނު ވެރިކަމުގައި އިނގިރޭސީންނާއެކު ރާއްޖޭން ވާހަކަ ދެއްކީ ފުށުއަރާބައި ހަމަޔަށް ދެބައި ކުރުމަށެވެ. ލިޔެކިޔުމުން އެހެރީ ފެންނާށެވެ. އެކަންކަން ކުރި މީހުންނަށް އެކަންނުވެ އެހެން ބަޔަކު ކުރީމާ ބޮޑެތި ވާހަކަ ދެއްކިދާނެއެވެ. ހަގީގަތަކީ އެޔެއް ނޫނެވެ.

    2019 ގައި ރައިސް ނަޝީދު ވެރިކަމުގައި އިގިރޭސީންނާއެކު ސޮއިކުރީވެސް ހަމަޔަށް ދެބައި ކުރުމުގެ އެއްބަސް ވުމެކެވެ. ރާއްޖޭން ސޮއިކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރ ޑރ. ޝަހީދެވެ. އެކަން އެހެން އޮވެ މުންދުމެން ގެނައި ޑރ. ވަހީދުގެ ބަގަވީ ވެރިކަމުގައި ބޮޑުބައި ރާއްޖެއަށް ހޯދަން ކްލައިމް ކުރުމަށް މަޝްވަރާ ކުރިއެވެ. ކެބިނެޓްގެ ސަބް ކޮމިޓީއެއްގައެވެ. ދުންޔާ މައުމޫނާއި ކާނަލް ނާޒިމްއާއި އަޒިމާ ޝުކޫރުވެސް ތިބެގެންނެވެ. ސަރުކާރުގައި ތިބެ މިއެންމެންވެސް އެއްބަސްވީ ހަމަޔަށް ދެބައި ނުކޮށް ބޮޑުބައި ލިބެން އޮތްގޮތަކަށް ހޯދާށެވެ. ފުށުއަރާ މުޅި ސަރަހައްދު އެކުގައި ރާއްޖެއަށް ހޯދާ ވާހަކައެއް ހޯދޭނެ ވާހަކައެއް ނުދައްކައެވެ. އިގިރޭސީންނާއެކު ވެފައިވާ އެއްބަސްވުން އޮތުމުން އެކަމަށް ގޮތެއް ނުނިންމާ އެއްވެސް ކަމެއް ނުކޮށް އޮތީއެވެ. އެކަމަކު އެ އެންމެން ވެސް އެ ތިބީ ވެރިކަމުގެ އެދުމުގައި ލަވަ ބަދަލުކޮށްގެނެވެ.

    ލެޕްޓޮޕް ކުރިމަތީގައި މުންދު ބަރަހަނާ ވެގެން އޮނުފުމެން އިނީމާ ކަންކަން ވީގޮތެއް ނޭގޭނެއެވެ. އަޅައެއް ނުލެވޭނެއެވެ. ޕޮލިހުންގެ އިންޓަލިޖެންސް ރިޕޯޓް ނުލިބޭކަން ނޭނގުނު ގަމާރު ރައީސް ޔާމީނު އިމާ އަލާނުލާ ފަސް އަހަރު ނިންމާލިޔަސް ރައީސް ސޯލިހު އެވަނީ ފުށު އެރުން ހަމައަށް ދެބައިނުކޮށް ބޮޑުބައި ހޯދާފައެވެ. ރައީސް ސޯލިހުގެ ސްޓެންޑަކީ ބޮޑުބައި ހޯދުމެވެ. ރައިސް ސޯލިހުގެ ސްޓެންޑަކީ ޝައްކެއް ނެތި އިގްތިސާދީ ސަރަހައްދުގެ އިން ކަޑައެޅުމެވެ. ރައީސް ސޯލިހުގެ ސްޓޭންޑަކީ ދުނިޔޭގެ މެޖޯރިޓީ ސްޓޭންޑެވެ. ދިވެހި ރައްޔިތުންގެ ސްޓޭންޑެވެ. ބަޅުރުކު ސްޓޭންޑެއް ނޫނެވެ. 

    ]]>
    Sun, 30 Apr 2023 09:37:44 +0500 ހީރަސްނިއުސް
    އީއީޒެޑް އިން ފުށުއަރާ މައްސަލަ ރާއްޖެ ކާމިޔާބު ކުރުން https://heerasnews.com/1303 https://heerasnews.com/1303 ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފި އެވެ. އިޓްލޮސް އިން ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ.

    މިގޮތް ތަންފީޒު ކުރުމުގައި ހިޔާލު ތަފާތުވީ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން ބުނާތީ އެވެ. ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އެކަން ސާބިތުކުރުމަށް ރާއްޖޭން ވަނީ ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ހުށަހަޅައިފަ އެވެ.

    ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ މި ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ކަނޑައެޅީއެވެ.

    ]]>
    Fri, 28 Apr 2023 15:49:39 +0500 ހީރަސްނިއުސް
    މީޑިއާތަކަށް ސްޓެލްކޯއިން ހާއްސަ މައުލޫމާތު ސެޝަނެއް https://heerasnews.com/1290 https://heerasnews.com/1290 ކަސްޓަމަރުންނާއި ހަމަޔަށް ސްޓެލްކޯގެ މައުލޫމާތު އޭގެ އެންމެ ފުރިހަމަ އަދި ސައްހަ ގޮތުގައި ފޯރުވައިދިނުމަށް ނޫސްވެރިން އަހުލުވެރި ކުރުވުމަށް މީޑިއާތަކަށް ސްޓެލްކޯއިން ވަރަށް ހާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފިއެވެ. އެ ސެޝަން އޮތީ ސްޓެލްކޯ މާލަމުގައި އިއްޔެ މެންދުރު ފަހެވެ.

    ފަންނީ ބޭފުޅުން މެދުވެރިކޮށް މީޑިއާތަކަށް ސްޓެލްކޯއިން މައުލޫމާތު ފޯރިކޮށްދިން ކަންކަމުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިމެނެއެވެ. މޫސުމާއިއެކު ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކުގެ މައުލޫމާތު މީޑިއާއަށް ވަރަށް ރަނގަޅަށް ސާފުކޮށް ދިނެވެ.

    ޕީކް ޓްރެންޑްގެ އިތުރަށް އެ ކުންފުނީގެ ބިލިންގ ޕްރޮސެސް އޮންނަ ގޮތް ވެސް އޮޅުން ފިލުވާ ދިނެވެ. ސްޓެލްކޯގެ ހިދުމަތާ ގުޅުންހުރި އެނޫންވެސް ކަންކަމާއި ސްޓެލްކޯއާއި ގުޅުންހުރި އެތައް މައުލޫމާތެއް އެކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ފޯރުކޮށްދިނެވެ.

    ]]>
    Wed, 26 Apr 2023 15:33:27 +0500 ހީރަސްނިއުސް
    ޗާގޯހުގައި ހުރި ދިވެހިންގެ މުދާ އަނބުރާ ގެނައުން. https://heerasnews.com/1285 https://heerasnews.com/1285 ފޯޅަވައްސޭ ކިޔާ ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅު ދިވެހިންނަށް ގެއްލެނީ މިއޮތްހާ ޒަމާނު އެތަނުގައި ދިރިއުޅެމުން އައި ދިވެހި ރައްޔިތުންނާ ވެސް އެކުގައެވެ.

    އެތައް ޒަމާނަކުން ދިވެހިން އެތަނުގައި ކޮށްފައި އޮތް ބޮޑު އިންވެސްޓްމެންޓާ އެކު ރާއްޖެއަށް ޗާގޯސް ގެއްލުމަށް ވުރެ ބޮޑު ގޯހެއް ނުހިނގާނެއެވެ.

    އެކި ދިވެހި ރަސްކަލުންގެ ރަސްކަމުގައި ޗާގޯހުގައި ހަދާފައިވާ ބޮޑެތި ޢިމާރާތް ތަކާއި އުސް ބިނާތައް ދިވެހިން އަތުން ބީވެ ދަނީއެވެ.

    ރާއްޖޭގެ ކޮންމެ އަތޮޅަކަށް މާލޭ އުތުރު ފަރާތުގައި އަމީން ދީދީ އަތޮޅު ފިހާރައެއް ބިނާކުރެއްވި އިރު ބިނާކުރި ޗާގޯސް އަތޮޅުފިހާރަ އަދިވެސް އެހުރީ ދިމާލަށް ފެންނާށެވެ. އަނެއް ކޮޅުން ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު މާލޭގައި ބިނާ ކުރެއްވި އަތޮޅު ފިހާރަ ތަކުގެ ކުރިން އެ ސަރުކާރުން ޗާގޯހުގައި އޭރުވަނީ މާލޭގަައި މިހިރަ ކަހަލަ ދެބުރި އަތޮޅު ފިހާރަތަށް ބިނާ ކުރައްވާފައެވެ. 

    އެތަންތަން ކުއްޔަށް ހިފައިގެން ތިބި އެތަކެއް ދިވެހި ސޭޓުންގެ މުދާ މިއަދުވެސް އެހުރީ، ޗާގޯސް އަތޮޅު ފިހާރަ ތަކުގެ އެތެރެއާއި ބޭރު ފުރިފައެވެ. ހިފާ ގެންގުޅޭ ތަކެއްޗާއި ހަވާދާއި މޭވާއާއި ތަރުކާރީ ވިކެނީ ހުއްޓުމެއް ނެތިއެވެ. ފިހާރަތަކާއި އެހުރިހާ މުދަލާ އެމުދަލުގެ ވެރިންނާ އެމީހުންގެ ޢާއިލާތައް އެހެން ގަައުމެއްގެ  އަތްދަށަށް ދާތީ ހާދަހާވާ ދެރައެވެ. 

    މާލޭ ބޮޑު އިންޖީނުގެ ހަދާ މާލެއަށް ކަރަންޓް ދިން ފަހުން ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ސަރުކާރުން އެޅި އެންމެ ބޮޑު އިންޖީނުގެ އަޅާފައި އެހުރީ ޗާގޯހުގައެވެ،

    ޗާގޯހުގެ އިންޖީނުގެއަށް އަޅާ ތެޔޮ ހިފައިގެން މިހާރުވެސް އެފް އެސް އެމްގެ ތެޔޮބާޖް ހަފްތާ އަކު ދެބުރު ޗާގޯހަށް އެބަދެއެވެ.

    ކުރުނބާ ވިލެޖަށް ފަހު ދެވަނައަށް ރާއްޖޭގައި ހުޅުވުނު ދިވެހި ފަތުރުވެރި ކަމުގެ ދެވަނަ ރިސޯރޓް ހުޅުވީ ޗާގޯހުގައެވެ. އެއީ ގަބުޅި ވިލެޖް ބީޗް އެންޑް ސްޕާ ކިޔާ ރިސޯރޓެކެވެ އެރިސޯރޓް ހިންގަނީ "ކުނިވާސަލް" ކިޔާ ދިވެހި "ކުނިފުންޏަކުން"ނެވެ.

    ޗާގޯހުގައި ހިންގަމުން އަންނަ ދިވެހިންގެ އަގުބޮޑު ރިސޯރޓްތަކާއި އެތަންތަނުގެ އޯނަރުންނާއި މުވައްޒަފުން ، ކުއްލި އަކަށް ރާއްޖެއަށް ގެއްލި ދިއުމަކީ ދުވަހަކު ވެސް ފޫބެއްދޭނެ ގެއްލުމެއް ނޫނެވެ.

    ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރު އަތޮޅުތެރޭގައި ހިންގި އަސާސީ ތައުލީމު މަޝްރޫޢު ފެށުނީ ޗާގޯހުންނެވެ. ޗާގޯހުގައި އުޅޭ ދިވެހިންގެ ދިވެހިބަސް އެހާ ފަށުވިވެފައި ރީތީ އެހެންވެއެވެ. މަލިކު މީހުންނަށް އެކަން ލައްވާނުލީ މަލިކަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ރާއްޖޭގެ ބަޔަކަށް ނުވާތީއެވެ.

    އަނެއްކާ ރާއްޖޭގައި ސައްތައިން ސައްތަ މުސްލިމުން ތިބިއިރު ޗާގޯސް އަތޮޅު މީހުންގެ އިސްލާންކަން ބޮޑުކަމުން ކްރިސްޓިއަން ޗާޗެއް ނޫނީ އަޅުކަން ކުރާތަނެއް ނުހުރެއެވެ.

    ދެން ވެރިކަމަށް ވަޑައިގަތީ ރައީސް ނަޝީދެވެ. ރަސްމީ ދަތުރުފުޅެއްގައި މޮރިޝަސް ވަޑައިގެން އެ ގައުމުންދޭ އެންމެ މަތީ ލަގަބާ ހަވާލުވެ ވަޑައިގަތީ ކަމެއް ނެތިއެއް ނޫނެވެ. ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގަައި އޮތް ޗާގޯހަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލު ކުރެއްވި ރާއްޖޭގެ ރައީސަކީ ނަޝީދު ވީމާ މޮރިޝަހުން ނަޝީދަށް އެރުވި ލަގަބު އަދި ކުޑައެވެ.

    ރައްޔިތުންގެ ވޯޓަކުން ދެން ވަޑައިގަތް ރައީސް މިހާރު ލޮލަކަށް ނުފެނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުން ގެއްލުނު 2 ވަނަ ޓަވަރާއި ސިނަމާލެ ބްރިޖުން ގެއްލުނު ލޭނުތައް ހިއްޕަވައިގެން ވަޑައިގެން، ޗާގޯހުގައި އެތަންތަން ބިނާ ކުރައްވަނީ ކަމަށް ވެދާނެއެވެ.

    މިލިޔުމުގައި އަހުރެން ދެއްކިހާ ވާހަކައެއް މިދެއްކީ ވަށްބަހުން ޖަހަން ވެގެންނެވެ، ޗާގޯހަކީ އެއް އިރެއްގައި ވެސް ރާއްޖޭގެ ތަނެއް ނޫނޭ ބުނަންވެގެންނެވެ. ބަައިނަލް އަގްވާމީ ގާނޫނު ތަކާއި މަސްލަޙަތާއި ސުލްޙަ ތަންދޭ ގޮތަކަށް އެކަން ނިމިގެން ދާނެއެވެ. އެމަގަށް މިސަރުކާރުން ޖާގަ ދޭނެއެވެ،  

    އެންމެ ފުރަަތަމަ ރާއްޖޭގެ ފައިދާއަށް އެކަނި މިސަރުކާރުން ވަކާލާތު ކުރަން ފެށުމުން ޕީޕީއެމުން އެކަމާ އިންކާރު ކޮށް ބަޔާން ނެރެ ތެޅިފޮޅި ގަތީ އަނެއް  ކޮޅުން ކިތަށް މިލިއަން ޑޮލަރު ނަގަން ވެގެން ކަމެއް ނޭނގެއެވެ. މިހާރު ލަވަ ބަދަލުވެގެން މިއުޅެނީ ޑޮލަރު ނެގުމަށް ފަހު އަނެއްކާ ވެސް މޮޅު ވާހަކަ ތަކުން ދިވެހިން ބޮލަށް ޗިޕެއް ޖަހައިގެން ވެރިކަމާ ގާތްވެވޭތޯ އުޅޭ މީހުންގެ ކޮޅަށެވެ. ޕީޕީއެމާއި ނަޝީދާއި ގާސިމާއި ނާޒިމް ވެސް އެކުރަނީ އެކަން ތަކެވެ.

    ވައްތަރުހާ އެއްޗެއް އެއީ މިލްކް ކަމުގައިވެ އަސްލިއްޔަތު އެގޮތަށް ބަދަލުވާނެ ނަމަ، ފައިނު އާދަން ޝަރީފަކީ ބޮޑުތެލީގައި ބަކަރި ރިހަ ކައްކަމުން މާސިންގާ ފަރާޓާ ފިހާ މިސްރުގެ ބަދަވީ ބޮޑުކައްކާ އެކެވެ.

    ]]>
    Tue, 25 Apr 2023 18:13:19 +0500 ހީރަސްނިއުސް
    ކެނދިކުޅުދޫ ގޭދޮށު މަސް ޕްލާންޓް https://heerasnews.com/1267 https://heerasnews.com/1267 ގޭދޮށު މަސް ޕްލާންޓް ގާއިމު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ރައީސް ސޯލިހުގެ ރިޔާސީ ވައުދު ތަކުގެތެރެއިން ގިނަ ވައުދުތަކެއް ވަނީ ފުއްދާފައެވެ. ކޮވިޑްގެ ހަލަތާއި ގުޅިގެން ދެއަހަރެއްހާ ދުވަސް ދިޔައީ ވައުދުތައް ފުއްދުމަށްވުރެ ރައްޔިތުންގެ ފުރަނަ ސަލާމަތް ކުރަން ކުރަންޖެހޭ ކަންކަން ކުރުމުގައެވެ. އެދުވަސްވަރު ވެސް ފުރުސަތު ލިބެން އޮތް އެންމެ މަތީދަރަޖައެއްގައި ގިނަގުނަ ވައުދުތައް ފުއްދުމުގެ މަސައްކަތްކުރެވެމުން ދިޔައެވެ. 

    ގޭދޮށު މަސް ޕްލާޏްޓްގެ ވައުދު ފުއްދެވުމަށް ވަންޖެހޭ ތައްޔަރީތައްވެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައެވެ. ރާއްޖޭގެ ތަފާތު ހިސާބުތަކުގައި ބިނާ ކުރުމަށް ނިންމާފައިވާ ގޭދޮށު މަސްޕްލާންޓް ތަކުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ގާއިމުކުރަން ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 2021 ގައެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހަނދު އިންސްވެސްޓްމެންޓްސްއާއިއެވެ. ހަނދު އިންވެސްޓްމަންޓާ މި މަސައްކަތް ހަދަން ހަވާލުކޮށްފައި ވަނީ 4.4 މިލިއަން ރުފިޔާއަށް ހަތް މަސްދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.

    ނ. ކެނދިކުޅުދޫ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތަކީ އެރަށު ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާނެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ކެނދިކުޅުދޫގައި ކަންނެއްޔާއި އެހެނިހެން ބަވަތުގެ މަސް ގަނެ ޕްރޮސެސް ކުރުމުގެ ގާބިލްކަން އެޕްލާންޓްގައި ހުންނާނެއެވެ. ސްމޯލް ސްކޭލް ގޭދޮށު މަސް ޕްލާންޓްގައި 20 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ކެޕޭސިޓީގެ އިތުރުން 10 ޓަނުގެ މަސް ސްޓޮކްކޮށް ފިނި ކުރުމުގެ ގަބިލުކަން ހުންނާނެއެވެ. ޕްލާންޓްގައި ޒަމާނީ އާލަތާއެކު އެކި ކަހަލަ މަސް ކިރާ، ކަނޑާ، ސާފުކޮށް، ފިނިކޮށް، ވެކިއުމްކޮށް، ބަންދުކޮށް، ކޮލިޓީ ޓެސްޓްކޮށް، ޕްރޮސެސް ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހުންނާނެއެވެ.

    ]]>
    Sat, 22 Apr 2023 13:48:46 +0500 ހީރަސްނިއުސް
    ކުޑައީދު މުބާރަކް! https://heerasnews.com/1265 https://heerasnews.com/1265 ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާއާއި މުބާރަކްބާދު ލޮބުވެތި ދިވެހި ރައްޔިތުންނަށް ހީރަސް ނިއުސްއިން އަރިސް ފޮނުވަމެވެ. ކީރިތި މޫރިތި ރަމަޟާން މަހުން ލިބިގަތް ސަވާބާ ހެޔޮދަރުމައާއި ފިތުރުޒަކާތުގެ މަތިވެރި އަޅުކަމާ ވިދިގެން އައި އީދަކީ އުފާވެރި ބާއްޖަވެރި އީދެއްކަމުގައި މިންވަރު ކުރައްވާށިއެވެ. 

    ފިތުރު އީދުގެ އިހުލާސްތެރި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހާއި މެޑަމް ފަޒްނާ އަހުމަދަށް އަރިސްކުރަނީ ކާމިޔާބާއި ނަސްރަށް އެދެމުންނެވެ. ރާއްޖެއަކީ ސުލްހަމަސަލަސްކަން އޮތް ހަމަހަމަ ފުރުސަތުއޮތް އަސާސީ ހައްގުތައް ކަށަވަރު ރައްޔިތެއް ދިރިއުޅޭ ތަނަކަށް ހެއްދެވުމަށް ރެޔާއި ދުވާލު ކުރައްވަމުން ގެންދަވާ ކެތްތެރި ހިކްމަތްތެރި މަސައްކަތްޕުޅަށް ސާބިތުކަން ދެއްވާ ރައްޔިތުންގެ ހިދުމަތުގައި ލެހެއްޓެވުމަށް އިރާދަކުރައްވާ މިންވަރުކުރައްވަ ސަބަބުތައް ފުރިހަމަ ކުރައްވާށިއެވެ.

    އުފާވެރި ކުޑަ އީދު ދުވަހުގެ އުފަލުގައި ދިވެހި ހުރިހާ ނޫސްވެރިންނަށާއި ނޫސް އެޖެންސީތަކަށް ހީރަސް ނިއުސް ޓީމުން އީދުތަހާނީ ފޮނުވަމެވެ. ނޫސްވެރިކަން ކުރިއަރުވާ ދެމެހެއްޓުމަށައި އަލަށް ދާއިރާއަށް ނިކުންނަ ފަރާތްތަކަށް ހިއްވަރާ މަދަދުދެއްވާ ހުރިހާ ފަރާތްތަކަށް ހީރަސް ނިއުސް ޓީމުން އީދުގެ ހެޔޮއެދުމާ ވެދުން އަރިސްކުރަމެވެ. 

    ރާއްޖެއަކީ އިޖުތިމާއީ ހަމަޖެހުން އޮތް ސުލްހަވެރި އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި އަބަދުގެ އަބަދަށް ލައްވާށިއެވެ. އާމީން!

    ]]>
    Fri, 21 Apr 2023 10:51:49 +0500 ހީރަސްނިއުސް
    އެމްޑީޕީއަށް ގެއްލޭ ކޮންމެ ވޯޓެއް ލައްގަނީ ޕީޕީއެމަށްތަ! https://heerasnews.com/1241 https://heerasnews.com/1241 މާލެއަތޮޅު ގުރައިދޫ ދާއިރާގައި އެމްޑީޕީން ހޯދި ކާމިޔާބީއަކީ ކާމިޔާބެއް ނޫންކަމަށް ދައްކަން ޒާތްޒާތުގެ ނަޒަރިއްޔާ ތަކުން ބަޔަކު ފިސާރި ފޯރި އެބަހުއްޓެވެ. ނައިފަރު ޝިޔާމާއި ފައިނު އާދަނާއި ފައިނު ވައްޑެމެން ތިމާމެންގެ ހާލަށް ކުޑައިކޮށް ވިސްނާލާނަމަ ސިޔާސީ ގޮތުން އަނގަ ހުޅުވާ ނޫޅުނީހެވެ. ތިމާމެން ރައްޔިތުން ތަމްސީލު ކުރަނީ ދާއިރާ ރައްޔިތުންގެ ކިތައް ޕަސެންޓް ވޯޓު ލިބިގެން ކަން ހަނދާނެއް ނެތެވެ. 

    ގުރައިދޫދާއިރާގެ ބައި-އިލެކްޝަން ބުނެދޭ އެންމެ ބޮޑު ހަގީގަތް ނައިފަރު ދައިރާގެ މެންބަރު ޝީޔާމަށް އޮޅިވަޑައިގެން، ސަރުކާރަށް ލިބުނީ %48އޭ ވިދާޅުވީމާ ހަނދާނެއް އައުވެއެވެ. އެ ނަތީޖާއަކީ ރައީސް ސޯލިހުގެ 2 ވަނަ ދައުރެއްގެ ހުވަފެންފުޅުގައި ކުލަ ނުޖެހޭނެ ކަން ކަށަވަރުކޮށްދޭ ނަތީޖާއެއް ކަމަށް ވެސް ވިދާޅުވީމާ ސައިޒަށް ވުރެ ބޮޑު އެއްކަށި މަރަވަޅިއަކަށް އަރުއްވައިގެން އުޅުއްވާ ކަމަށް ސިފަކުރެވެއެވެ. 

    މާތްކަލަކޯ ޝީޔާމޫއެވެ. ނައިފަރު ދާއިރާގެ ގޮނޑީގައި ތިއިންނެވީ ކިތައް ޕަސެންޓްގެ ރައްޔިތުންގެ ތާއީދު ލިބިގެން ކަން ހަނދުމަފުޅު ވޭތޯއެވެ. ހަމަ %48 ދޮގެއްތޯއެވެ. އިދިކޮޅުގައި %50އަށް ވުރެ ގިނަ ދޮގެއްތޯއެވެ. ވާހަކަ ދައްކަވާއިރު ލަދުގެ ކަންފުޅެއް ވެސް ނެތް ދޮގެއްތޯއެވެ.

    ފައިނު އާދަމް ޝަރީފު އުމަރު ޓްވީޓްކޮށް ލައްވާއިރު ހީވަނި މިވަރު ކަމެއް ނެތް ހެނެވެ. ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވޭނެ އެއްވެސް ހަމައެއް އޭނާއަކަށް ފެނިވަޑައެއް ނުގަންނަވައެވެ. އައިނު ނަމްބަރ ބަދަލުވެފާ އޮތީވެސް ތޯއްޗެކެވެ.

    ގުރައިދޫ ދާއިރާގައި ވޯޓުލީ 2755 މީހުންގެ ތެރެއިން 1346 ވޯޓް އެމްޑީޕީއަށް ލިބުނު އިރު ބާކީ އޮތް 1409 ވޯޓު ލިބުނީ ޕީޕީއެމަށް ތާއެވެ. ޕީޕީއެމަށް 1409 ވޯޓް ލިބިގެން ޕީޕީއެމް ކެންޑިޑޭޓް ނުހޮވި، ހޮވުނީ އެމްޑީޕީ ކެންޑިޑޭޓް ދޮގެއްތޯއެވެ. އެމްޑީޕީއަށް ނުލިބޭ ކޮންމެ ވޯޓަކީ ޕީޕީއެމަށް ލިބޭ ވޯޓަކަށް ވާގޮތެއް އެއްވެސް ރަމަލަކަށް ނާރައެވެ. އާދަނާއެވެ. ތިމާ މީހާ މަޑުއްވަރީ ދައިރާގެ ގޮނޑިއަށް ސަވާރު ވެގެން ތިޔަ އިނީ ދާއިރާގެ އެންމެ % 32.8 ވޯޓް ލިބެގެންނެވެ. ބަކީތިބި އެންމެން ތިމާޔާ ދެކޮޅެވެ. ވޯޓުން ހިސާބު ޖަހަން އަދި އާދަނު މާޅައެވެ.

    އެވަރެއް ނެތިގެން އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ފައިނު ވައްޑޭމެން ރެވިތެޔޮ ބައްލަވައިގެން އުޅުއްވާއިރު ހީވަނީ ހައްސައެއް ހެންނެވެ. ވައްޑޭމެނަށް ނޫނީ އެމްޑީޕީގެ ހަމަޔާ އުސޫލު އެނގޭ ކަމަކަށް ނުވެއެވެ. އެމްޑީޕީގެ ހަޔާތުގައި ވެސް އުޅެއުޅެ ކާމިޔާބު ނުކުރެވި އޮތް ގޮނޑިއެއް ރައީސް ސޯލިހުގެ މާލިމީ ކަމުގައި އަންނިގެ ފޮޓޯ ނުޖަހާ އެމްޑީޕީއަށް ލިބި މަންޒަރު ސާފުވާ ވަރަކަށް ފިކުރު މަރުވަތީ ވައްޑެމެން މޭކަރާނެއެވެ.

    ބުނަންހެއްޔެވެ. ވައްޑެ ވެސް އުނގޫފާރު ދައިރާގެ މާބޮޑު ތާއީދެއް ނެތި ހުވަފެނުން ވެސް އިދެވޭނެ ކަމަށް ހީނުކުރާ ގޮނޑިއެއްގައި %47.98 ލިބިގެން ކިރިޔަ ކިރިޔާ އިނދެވުނީމާ އަންނި ބޭންދީމާ އިން މީހެއް ކަމަށް ހީވެ ތިމާގެ ނަފްސްގެ އަގު ތިމާގެ ކުރިމަތީގައި ވެސް ނެތިގެން އުޅެންވީމާ ވާނީ ތިހެންނެވެ. ހާލަށް ހަމްދަރުދީވަމެވެ.

    ]]>
    Sun, 16 Apr 2023 20:34:36 +0500 ހީރަސްނިއުސް
    އެމްޑީޕީގެ ކާމިޔާބީ ނަޝީދާ ގުޅުމެއްނެތްކަން ސާބިތުވެއްޖެ https://heerasnews.com/1238 https://heerasnews.com/1238 މާލެއަތޮޅު ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި 14 އަހަރު ވަންދެން ޕީޕީއެމް އަތުގައި އޮއްވާ އެމްޑީޕީން މިއަދު އަތުލައިފިއެވެ. އެމްޑީޕީގެ ކެންޑީޑޭޓް ޝާޒް އިބްރާހީމް އެ ގޮނޑި ކާމިޔާބު ކުރެއްވުމުން ވަރަށް ގިނަ ވާހަކަ އެބަ ބުނެދެއެވެ.

    14 އަހަރު ދުވަހު މެންބަރުކަން ކުރެއްވި ލޯޔަރ އިބްރާހީމް ރިޒާ ދުނިޔެ ދޫކުރެއްވުމުން އެ މަނިކުފާނަށާއި އެ ލޮބުވެތި އާއިލާއަށް އޮތް ހަމްދަރުދީއާއި ލޯބިވެސް ޔާމީނުގެ އިތުބާރު ކެނޑިފައިވާ ވަރުން ގެއްލިފައި ވާކަން ހާމަ ވިއެވެ. މަރުޙޫމް ރިޒާގެ ކޮއްކޯފުޅަށް ވިޔަސް ޕީޕީއެމްގެ ޓިކެޓްގައި ނިކުތުމުން ދާއިރާގެ ރައްޔިތުން ޕީޕީއެމްއަށް ދާއިރާގެ ގޮނޑި ދެން ދޭން ބޭނުން ނުވިކަން ވަރަށް ބޮޑަށް ސާފުވެގެން ދިޔައެވެ. 

    އަނެއް ކޮޅުން ޝާޒްގެ ކާމިޔާބަކީ އެމްޑީޕީގައި އޮތް ޒަމާންވީ ވިސްނުމެއް ބަދަލުކޮށްލި ކާމީޔާބީ އެކެވެ. އެމްޑީޕީ ކާމިޔާބީ ގުޅިފައިވަނީ ރައީސް ނަޝީދާ ނޫންކަން ސާބިތުކޮށް ދިން ކާމިޔާބަކަށް ޝާޒްގެ ކާމިޔާބީ ދައްކައި ދީފިއެވެ. މި ފަހަރު ޝާޒް މި ހޮވުނީ އެއްކަލަ "ވޯލްޑް މޯސްޓް ހޭންޑްްސަމް ރައީސް ނަޝީދު"ގެ ފޮޓޯ ނުޖަހައެވެ. ހަމަތެދެކެވެ. ޝާޒު ހޮވުނީ އަންނި ފޮޓޯ ދައްކައިގެނެއް ނޫނެވެ.

    އެމްޑީޕީގެ ރައީސް ކަމުގައި ހުރެގެން ރައީސް ނަޝީދު އެމްޑީޕީގެ ކެންޑީޑޭޓް ހޮވުނަ ނުދޭން ނުކުރަނީ ކީއްހެއްޔެވެ. ޝާޒަކީ އެމްޑީޕީގެ ކެންޑޭޓް ނޫން ކަމަށާއި އެމްޑީޕީއާ މި އިންތިހާބާ ގުޅުމެއް ނެތް ކަމަށް ބުނެ އެމްޑީޕީ މީހުނާ ގުޅާ ނަޝީދު ވާހަކަ ދެއްކިއެވެ. އެމްޑީޕީކަމެއް ނަމަ ތިމަން އެކަމުގައި ހުންނާނެ ނޫންހޭ ކިޔާ މުސްކުޅިވެރިންނާއި ޒުވާނުންނާއި ގުޅާ އެންޓިކެންޕެއިން ކުރިޔަސް ދާއިރާ މީހުނަށް ފިކުރެއްގެ ދިރުމަކީ ދިރުމެއް ނޫންކަން މާބޮޑަށް ސާފު ވެއްޖެކަން އަންގާ ދީފިއެވެ.

    އިންތިހާބު ކާމިޔާބު ކުރެއްވި ޝާޒަށް ލިބިވަޑައިގަތީ 1340 ވޯޓެވެ. އެ މަނިކުފާނާ އެންމެ ގާތުން ވާދަ ކުރެއްވި ޕީޕީއެމް ހުސައިން ރިޒާއަށް ލިބިވަޑަައިގަތީ 1226 ވޯޓްެވެ. 114 ވޯޓުގެ ފަރަގަކުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯއްދެވި ހޯއްދެވުމަކީ ކުޑަ ކާމިޔާބެއް ނޫނެވެ. ރައީސް ސޯލިހުގެ ހަމަހަމަ ސިޔާސަތު ޕީޕީއެމްގެ މެންބަރުން ވެސް ބަލައިގެންފައި ވާކަން ސާބިތު ވެގެން ހިނގައްޖެއެވެ.

    އެމްޑީޕީއަށް ލިބުނު މި ކާމިޔާބީއަށް ފުރައްސާރަ ކުރުމުގެ ގޮތުން ރައީސް ނަޝީދުގެ ވާތު އެކައުންޓެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ "ހަސަން ކުރުސީ" ކިތަންމެ ފުރައްސާރަ ކުރިޔަސް އެ މަލާމާތް ރައްދުވަނީ ހަގީގަތުގައި ރައީސް ނަޝީދަށެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ހިތްތަކުގެ ރައީސް ވާދަކުރައްވާ ހޯއްދެވި ނަތީޖާ ޝާޒަށް ވުރެ މާހުތުރެވެ. 1081 ވޯޓާއި 879 ވޯޓުގެ ފަރަގަކީ ހުތުރު ފަރަގެކެވެ. ސިޔާސީ ދާއިރާއަށް އަލަށް ނިކުތް ޅަކުއްޖަކާ ވާދަކޮށްގެން 202 ވޯޓްއިން ކުރިހޯދުނު ހޯދުމަކީ ރާއްޖޭގެ ރައީސްކަންކޮށް އެމްޑީޕީގެ ރައީސް ކަމުގައިހުރި ރޯލްމޯޑަލަކާ ހަމަ ކަމެއް ނޫންކަން ހަނދާނެއް ނެތްދޯއެވެ.

    ]]>
    Sat, 15 Apr 2023 22:51:37 +0500 ހީރަސްނިއުސް
    ސޮލާގެ ތަޞައްވުރުން މާފުށި ސިޓީއަކަށް! https://heerasnews.com/1233 https://heerasnews.com/1233 ހިނގަމުންދާ ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަންގެ ތެރޭން މާފުށީގައި އޮތް ތަރާވީސް ހަފްލާއެއްގައި އެރަށު ކައުންސިލް ރައީސް ފާޅުކުރެއްވީ މާފުށި ސިޓީ އަކަށް ބަދަލު ވެގެންދާ ތަޞައްވުރެވެ.

    ކުއްލި އަކަށް ސިޓީއެއްގެ ވާހަކަ އުފަން ކުރެއްވުމުން މިއީ ކިހިނެއް ހަގީގަތަކަށް ވާނެ ހުވަފެނެއްތޯ ސޮލާ ކުރެން އަހާލީމެވެ. އޭނާގެ ޖަވާބުތައް ހުރި ގޮތުން މާފުށި ސިޓީއަކަށް ބަދަލުވުމަކީ އުނދަގޫ ކަމެއް ނޫނެވެ.

    ސޮލާ ވިދާޅުވީ ތަަރައްގީއަކީ ތޯތޯ އެއްޗެއް ނޫންކަން ރައީސް ސޯލިޙް ސާބިތު ކޮށްދެއްވައިފި ކަމަށެވެ. ބިންދަތި ކަމަށް ދެންނެވުމުން ބޮޑު ބިމެއް މާފުއްޓަށް އިތުރު ކޮށްދެއްވާ ހަމަ މި ދައުރުތެރޭ އެބިމުން މާފުށި ރައްޔިތުންނަށް ގޯތި ދެއްވަން ތައްޔާރު ވެއްޖެ ކަމަށެވެ. ސުނާމީގަައި ވަށްމާފުށި ކިޔާ ފަޅުރަށް ގިރާލި ވާހަކަ ދެންނެވުމުން އެރަށް އޮތް ތަނުގައި އެވަނީ ޕިކްނިކް އައިލެންޑަށް ބިން ހިއްކަވާ ދެއްވާފަ ކަމަށް ވިދާޅުވިއެވެ.

    ފަތުރުވެރިން ގިނަ މާފުއްޓަށް ބޭނުންވާ ވަރަށް ބަނދަރު ބޮޑު ކުރުމާ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިއްޖެ ކަމަށް ވިދާޅުވިއެވެ.

    ސޮލާ ވިދާޅުވީ މާފުށީގެ ފަޅުގެ ބޮޑު ޖާގައިގެ ބޭނުން ހިފާ ރައީސް ޞޯލިޙްގެ އަންނަ ރިޔާސީ ދައުރުގައި މާފުށި ސިޓީ އަކަށް ބަދަލު ކުރުން ފެއްޓޭނެ ކަމަށް ސޮލާ ވިދާޅުވިއެވެ. އެއީ ކިހިނެެއް ކުރާ ކަމެއްތޯ އަހާލުމުން ވިދާޅުވީ ސިޓީ އަކަށް ބޭނުންވަނީ ބޮޑު އާބާދީ އެއް ކަމަށާ ރައީސް ސޯލިޙްގެ އަންނަ ދައުރުގައި އެކަމަށް ބޭނުންވާ ބޮޑު އަނެއް ބިން މާފުށީ ފަޅުން ހިއްކޭނެ ކަން އޭނާއަށް ޔަގީން ކަމަށެވެ. 

    ބްރިޖަކުން ގުޅާލެވޭ އެރަށުގެ ވަކި ޕަސެންޓެއްގެ ބިމުގައި ކޮންޑޮމީނިއަމް ސްޓައިލްގެ ރިއަލް އިސްޓޭޓް އިންވެސްޓަރުންނަށް ހުޅުވާލާނެ ކަމަށެވެ. އެއާ އެކު ވަކި ޝަރުތު ތަކެއް ހަމަވާ ދިވެހި ރައްޔިތުންނަށް މަތީ މާކްސް ލިބޭ ގޮތަށް މާފުށީގެ ރަށްވެހިކަން މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށެވެ. އެގޮތުން މާފުށީގެ ރަށްވެހިންގެ ތެރެއަށް ދެން އިތުރުވާނީ ޑިގްރީ ހަދައިގެން ތިބި އެކި ފަންނުގެ ޕްރޮފެޝަނަލުން ކަމަށް ސޮލާ ވިދާޅުވިއެވެ. އެއީ ޑޮކްޓަރުންނާ އިންޖިނޭރުންނާ އާކިޓެކްޗަރުން ފަދަ މާފުށީގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ އާބާދީ ކަމަށް ވިދާޅުވިއެވެ.

    ސޮލާ ވިދާޅުވީ އަލަށް ހިއްކޭ މާފުށީގެ ބިމުގައި މިހާރު 15 އަހަރުވެފައި ތިބި މާފުށީ ކުދިން ބިންވެރި ކުރެވޭނެ ޖާގަ އުފެއްދޭނެ ކަމަށެވެ. މާފުށީ ކައުންސިލްގެ ރައީސް ވިދާޅުވާ ގޮތުން މިކަން ހާސިލް ކުރެވޭނީ އެމްޑީޕީއާއި އެކު ކަން އޭނާއަށް ޔަގީނެވެ. ސޮލާގެ ތަޞައްވުރަށް ފުންކޮށް ވިސްނާލާ އިރު މާފުށި ސިޓީއަށް ބަދަލު ނުވެވޭނެ އެއްވެސް ސަބަބެއް ނެތެވެ.

    ]]>
    Fri, 14 Apr 2023 23:12:43 +0500 ހީރަސްނިއުސް
    ސްޓެލްކޯ މުއައްޒަފުންގެ އިޙުޔާ ޕްރޮގްރާމް https://heerasnews.com/1227 https://heerasnews.com/1227 ސްޓެލްކޯގެ މުއައްޒަފުންނަކީ އެއްބައިވަންތަ އަޚުވަންތަ ބަޔަކަށް ހެދުމަށާއި މުއައްޒަފުންނަކީ އިސްލާމީ ރިވެތި އުސޫލުތައް ދަމަހައްޓާ ދީނީގޮތުން ހޭލުންތެރި ބަޔަކަށް ހެދުމަށް ސްޓެލްކޯއިން ގިނަގުނަ މަސައްކަތް އަބަދުވެސް ކުރެއެވެ. 

    ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަސް އިޙްޔާ ކުރުމާއި ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ދީނީ ނަސޭހަތް ދިނުމާއެކު ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ތަރާވީސް ދިނުން އޮވެއެވެ.

    މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ އިސްނެންގެވުމުގެ މަތީން ސްޓެލްކޯ ހުރިހާ މުއައްޒަފުންނަށް ހާއްސަކޮށްގެން މިއަހަރުވެސް ރަމަޟާން މަސް އިހުޔާ ކުރުމުގެ ގޮތުން ސްޓެލްކޯގައި ހާއްސަ ހަފްލާއެއް ރޭގައި ބައްވައިފިއެވެ. މިހަފްލާގައި ވެސް އޮތީ މުއައްޒަފުންނަށް ދީނީ ނަށެހަތް ދިނުމާއި މުއައްޒަފުންނަށް ކުންފުނީގެ ފަރަތުންދޭ ތަރާވީސް ދިނުމެވެ. 

    ސްޓެލްކޯއިން ރަމަޟާން މަސް އިހުޔަކުރުމަށް ބޭއްވި ހަފްލާގައި މުއައްޒަފުންނަށް ދީނީ ނަސޭހަތް ދެއްވީ އައްޝައިޚް ޢާޒިމް ހާލިދުއެވެ. މި ހަފްލާގައި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވެސް ވާހަކަފުޅު ދެއްކެވިއެވެ.

    ]]>
    Thu, 13 Apr 2023 13:58:32 +0500 ހީރަސްނިއުސް
    ޝަހުސް އޮޅުވުމުގާ ނަޝީދެކޭ މައުމޫނެކޭ އެއްގޮތް https://heerasnews.com/1224 https://heerasnews.com/1224 މީގެ ކުރިންވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް އޭނާގެ ޝަހުސު އޮޅިގެން އުޅުނެވެ. އޮޅުވަލައިގެންވެސް އުޅުނެވެ. ޕީޕީއެމްގެ ރައީސް ކަމުގައި ހުރި މައުމޫނާ އޭނާގެ އަޅުކުދިން ކޮޅަށް އެ މީހުންގެ ސަހުސު އޮޅުނެވެ. އިރެއްގައި މައުމޫނަށް ރާއްޖޭގެ ގިނަ ބައެއްގެ ތާއީދު އޮތެވެ. ޑީއާއރުޕީ އުފެދުނީ އެ ތާއީދުގައެވެ. މައުމޫނު އަތުން ޑީއާރުޕީ ގެއްލި ޒެޑްފެކްޝަން (ޒައީމް ފެކްޝަން) ހަދައިގެން އުޅެ ޕީޕީއެމް ވުޖޫދު ކުރިއެވެ. ޕީޕީއެމް އުފެދުމާއެކު މައުމޫނު ވާދަނުކުރާ ޕްރައިމަރީއެއް ބާއްވާ ޔާމީނާއި އުމަރަށް ވާދަކުރަން ޖާގަ ދިނެވެ. ނަތީޖާއައީ ޔާމީނު ކޮޅަށް ބުރަވެގެނެވެ. 

    އެ ހިސާބުން ޕީޕީއެމްގެ މެންބަރުންގެ ތާއީދާ ލޯބި ޔާމީނުގެ މައްޗަށް އެނބުރިގެން އައީ ވެރިކަމުގެ އާރާ ބާރާއި އެކުގައެވެ. އެކަމަކީ މައުމޫނަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ. މައުމޫނަކީ ޕީޕީއެމްގެ ރައީސަށް ވީތީ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރައްޖޭގެ ރައީސް ކަމުގައި ހުންނެވި ޔާމީނުގެ ކޮންޓްރޯލް އޮންނަން ޖެހޭނީ މައުމޫނުގެ އަތްމަތީގައި ކަމަށް މައުމޫނު އޭރު ދުއްޓެވެ.

    އޭރު މައުމޫނު ހީކުރީ އާއްމު މެންބަރުން ތިބީ މައުމޫނާ އެކުގައި ކަމަށެވެ. އެކަމަކު ޕީޕީއެމްގެ ގުނަން ތަކުގެ ކޮންޓްރޯލް އޮތީ ރައީސް ޔާމީނަށެވެ. އެހެނެއް ކަމަކު ޕާޓީގެ ރައީސަށް ވެގެން ޕަޓީގެ ގުނަން ތަކުގެ ނިންމުންތަކާއި ދެކޮޅަށް މައުމޫނު ބޭނުންވާ ގޮތަށް ޕީޕީއެމްގެ ނަމުގައި ކަންކަން ކުރަމުން ދިޔައެވެ. ޕާޓީގެ ސިއްކައާއި ދިދަ މައުމޫނު ބޭނުން ކުރަމުން އައެވެ.

    މައުމޫނުގެ ޝަހުސު އޮޅުވާލުން ހުރި ވަރަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރާއްޖޭގެ ވެރިކަން ކުރައްވާ ރައީސް ޔާމީނާއި އަދި ޕީޕީއެމްގެ ވެރިކަމާ ދެކޮޅަށް ޕީޕީއެމްގެ ރައީސް ތެދުވުމެވެ. އިދިކޮޅު ޕާޓީތަކާއެކު ޕީޕީއެމާ ދެކޮޅަށް ޕީޕީއެމް ކޯލިޝަން ހެދުމެވެ. 

    އާހިރުގައި މައުމޫނު ހީކުރި ގޮތާ ހިލާފަށް މުޅި ޕީޕީއެމްގެ ހުރިހާ ގުނަން ތަކާއި މެންބަރުން ތިބީ ރައީސް ޔާމީނު ފަހަތުގައެވެ. މައުމޫނު ބަކީވެ އިސްނަގައިގެން އުފެއްދި އެމްއާރުއެމަށް ތިންހާސް މެންބަރުން ހަމަކުރުމަކީ ވެސް މަރުފުށު ކަމަކަށް ވިއެވެ. 30 އަހަރު ރާއްޖޭގެ ވެރިކަންކޮށް އެތައް ހާސް ބަޔަކު އެމީހެއްގެ ފަހަތުގައި އެއްއިރެއްގައި އޮތް މައުމޫނު ވެސް ސިޔާސީ ގޮތުން ބަލި ބުޅާގަނޑަކަށް ވުރެ ބަލިވީއެވެ.   

    އެމްޑީޕީގެ ކަންކަން ވެސް ޕީޕީއެމް ދިޔަމަގުން ދާތަން އެބަ ފެނެއެވެ. 17 ވަރަކަށް އަހަރު އެމްޑީޕީގެ ހިތްތަކުގެ ރަސްގެފާނަށް ވެސް އެހާލު ޖެހޭތަން އެބަ ފެނެއެވެ. އެމްޑީޕީގެ ރައީސް ނަޝީދާއި އޭނާގެ އައުވާނުންނަށް އަދިވެސް ހީކުރެވެނީ މުޅި އެމްޑީޕީ އޮތީ އޭނާގެ ފަހަތުގައި ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ރައީސް ސޯލިހާ އިދިކޮޅުވެގެން ރައީސް ސޯލިހު ނޫން ގޮތެއް ހޯދަން ވާދަވެރިއަކާ ކޯލިޝަން ހަދާ ހަރާބުގެ މަގަށް ފުރޮޅި ގަތީއެވެ.

    އެމްޑީޕީގެ މެޖޯރިޓީ މެންބަރުންގެ ނިންމުމާ ނަޝީދު އިދިކޮޅުވީއެވެ. ޕީޖީ ގްރޫޕާއި ގައުމީ މަޖިލީހާއި ކޮންގްރެސްއާއި އެމްޑީޕީގެ ރައީސް ނަޝީދު ދެކޮޅުވީއެވެ. އެމްޑީޕީގެ ވެރިކަމާ އެމްޑީޕީ ދެކޮޅު ވެއްޖެ ކަމަށް ދައްކާ އެމްޑީޕީގެ ނަމުގައި ނަޝީދު އިދިކޮޅު ހަރަކާތް ފެށީއެވެ. ފިކުރުގެ ދިރުމުގެ ނަމުގައި ގޮސް 15 ހާސް ހަމަނުވާ ޕާޓީއެއްގެ ގައިދަށުވެ ޝަހުސް އޮޅުވާލީއެވެ.

    ތިރީސް އަހަރުން މައުމޫނަށް ކިރިޔާ ހަމަވީ ތިންހާހެވެ. 18 އަހަރުން ނަޝީދަށް 1800 ހަމަވިޔަސް ރަނގަޅެވެ. އެރިގޮތަށް މެދު އުޑުގައި ނުއޮއްސި ހުރި އެންމެ ތަރިއެއް ވެސް ނެތެވެ. އެކަމަކު ހަމަތެދެކެވެ. އެމްޑީޕީއަށް ނަޝީދާ ފިކުރެއްގެ ދިރުމަކީ ތޮށަލި ތަކުރާ ޖެހުނު ވިގަންޏެކޭ ތަފާތެއް ނެތެވެ. ނުމެކޭ މެއެވެ. ނުމެ ދިޔަމެއެވެ. 

    ]]>
    Tue, 11 Apr 2023 21:47:25 +0500 ހީރަސްނިއުސް
    ހަނިމާދޫ ބަނދަރު ވެސް ޒަމާނީ ފެންވަރަށް ނިންމައިފި https://heerasnews.com/1219 https://heerasnews.com/1219 ލަފާފުރެން ނެތް ރަށްރަށުގެ ބަނދަރު ހަދާ ކޮންމެ ރަށަކީވެސް ފަސޭހަކަމާއެކު ލަފާ ފުރޭ ރަށަކަށް ހެއްދެވުމަށް ރައީސް ސޯލިހުވަނީ އަމާޒު ހިއްޕަވާފައެވެ. ހަމައެހެން ކުރިން ބަނދަރު ހަދާފައި އޮތް ބަނދަރުތަކުގެ އާބާތުރަފިލުވާ ދެއްވާ ޒަމާނީ ފެންވަރަށް ބަނދަރުތައް ބޮޑުކޮށް ދެއްވާ ފުންކޮށް ދެއްވުމަކީވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ. 

    ހދ. ހަނިމާދޫއަކީ އުތުރުގެ މައިދޮރާއްޓަށް ބަދަލުކޮށް ލުމުގެ މަސައްކަތްތައް ތަރުތީބު ކުރެވިގެން ބާރަށް ހިނގަމުން ދާއިރު އެރަށުގައި އޮތް ކުޑަ ބަނދަރު ބޮޑު އަދި ޒަމާނީ ބަނދަރަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތްކަމެކެވެ. ހަނިމާދޫ ބަނދަރަކީ ކައިރި ރަށްރަށުގެ އެތައް އޮޑިދޯނި ފަހަރު ދުވާލަކު އެތައް ފަހަރަކު އެކި ބޭނުންތަކުގައި ލަފާފުރާން ބޭނުންކުރާ ބަނދަރެކެވެ. އެހެން ކަމުން ހަނިމާދޫ ބަނދަރު އޮތީ ރަށުގެ ބޭނުންތަކަށް ވެސް ފުދޭ ވަރަށްވުރެ މާބޮޑަށް ކުޑަވެފައެވެ.

    މިހާރު އެވަނީ މި ސަރުކާރުން ހަނިމާދޫ ބަނދަރު ޒަމާނީ ފެންވަރުގެ ތަނަވަސް ބަނދަރަކަށް ބަދަލުކޮށްލާފައެވެ. ސެޕްޓެމްބަރު 2019ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހިނގި މި މަޝްރޫއުއަކީ 69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2020 އަހަރުގެ މެއި މަހުއެވެ.

    ހަނިމާދޫ ބަދަރު ތަރައްގީކުރުމުގެ ގޮތުން އަންނަނިވި ކަންކަން އެމްޓީސީސީން ވަނީ މަޝްރޫއުގެ ދަށުންކޮށް ނިންމަފައެވެ. 

    • 19870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން
    • 6525 ކިއުބިކް މީޓަރުގެ ސަރަހައްދެގެ ނެރު ފުންކުރުން
    • 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
    • 704 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން
    • 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހުން
    • 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހުން
    • 2،583 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުން
    • ޖެޓީއަކާއި ބްރިޖަކާއި ރޭމްޕެއް ހެދުން
    • ނެރު ބައްތި އާއި ބަނދަރު ބައްތި ޖެހުން

    ރައީސް ސޯލިހުގެ ހަމަހަމަ ސިޔަސަތުގެ ދަށުން ރާއްޖޭގެ ކަންކޮޅުތަކުގައި ކޮށް ނިންމާފައިވާ ކަންކަމާއި ކުރަމުންދާ ކަންކަން ޝުކުރުވެރިކަމާއެކު ގިނަ ރައްޔިތުން ފާހަގަކުރެއެވެ. ކަމެއް ކުރެވޭކަން އެނގޭނީ އެކަންކަން ލޮލުންދެކި އަތުން ހިފާ ބަޔަކަށެވެ. 

    ]]>
    Mon, 10 Apr 2023 19:53:47 +0500 ހީރަސްނިއުސް
    ރައީސަށް ތާއީދުކޮށް ބައިބަޔަށް އެމްޑީޕީއަށް މީހުން ވަނުން https://heerasnews.com/1216 https://heerasnews.com/1216 ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކޮށް ރާއްޖޭގެ ކަންކޮޅުތަކުން އެމްޑީޕީއަށް މީހުން ވަންނަން ފަށައިފިއެވެ. ރައީސް ނަޝީދުގެ ލީޑަރޝިޕް ގަބޫލު ނުކުރާތީ އެމްޑީޕީއަށް ނުވަދެތިބި އެތައް ސަތޭކަ ބަޔަކު އެމްޑީޕީއަށް ވަނުމަށް ސޮއިކުރަމުން އެބަދެއެވެ. އެގޮތުން ޒުވަނުންނާއި ހަރުމީހުންނާއި މުސްކުޅިން އެމްޑީޕީއަށް ސޮއި އެބަކުރެއެވެ.

    ހއ. ދިއްދޫން ވެސް ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީއާ ގުޅިއްޖެއެވެ. ދިއްދޫން އަލަށް އެމްޑީޕީއާ ގުޅުނު ޒުވާނުންގެ ފޯމްތައް ހަވާލުކުރުމަށް ދިއްދޫގައި ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެމްޑީޕީއާ އަލަށް ގުޅުނު ޒުވާނުންގެ ފޯމްތަކާއި ހަވާލުވެވަޑައިގަތީ ހާރިޖީ ވާޒިރު އަބްދުﷲ ޝާހިދެވެ.

    ފޯމްތަކާ ހަވާލުވެ ވަޑައިގެންނެވުމުގެ ގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ ދިއްދޫން ރައީސް ސާލިހަށް ތާއީދުކުރާ ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީއާ ގުޅުމަށް ސޮއިކުރި ފޯމްތަކާއި ހަވާލުވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަަށެވެ. އެންމެން ގުޅިގެން ކުރާ މަސައްކަތުން ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

    ދިއްދޫއިން އަލަށް އެމްޑީޕީއާ ގުޅުނު ޒުވާނުންގެ ފޯމްތައް ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދާއި ރައީސް އޮފީހުގެ މިިނިސްޓަރު އަހުމަދު ސަމީރު ވެސް ބައިިވެރިވެ ވަޑައިގެންނެވިއެވެ.

    ]]>
    Sun, 09 Apr 2023 20:12:23 +0500 ހީރަސްނިއުސް
    ވެންޓިލޭޓަރު ވަގު ވެސް ނަޝީދަށް މިހާރު އޯކޭ https://heerasnews.com/1208 https://heerasnews.com/1208 ރައީސް ސާލިހުގެ ސަރުކާރަށް އެންމެ ބޮޑު ބަދުނާމެއް ލިބުނު އެއްކަމަކީ ކޮވިޑް ވެންޓިލޭޓަރު ތަކުގެ މައްސަލައެވެ. ރައީސް ނަޝީދު މެދުވެރިގެން ޑަބްލިޔުއެޗްއޯ މާލޭ އޮފީހުގެ ވެރިޔާގެ އިރުޝާދަށް ދުބާއީ ކަރުދާހު ކުންފުންޏަކަށް ވެންޓިލޭޓަރު ގަތުމުގެ ނަމުގައި އެތައް މިލިޔަން ޑޮލަރެއް ދޫކުރީ އޭރުގެ ހެލްތު މިނިސްޓަރ ޖޭޕީގެ އަބްދުﷲ އަމީނެވެ. ފައިސާ ލިބެންޖެހޭ ބަޔަކަށް ލިބި ހަމަ ޖެހުމަށްފަހު ރައިސް ނަޝީދު އާދައިގެމަތިން ސަރުކާރު ބަދުނާމު ކުރަން ފެއްޓިއެވެ. ހުރިހާ ގޯހެއް ހެއްދުމަށް ފަހުގައެވެ. ވެންޓިލޭޓަރ ޖަރީމާއިން ވެސް އެންމެ ބޮޑު ކަޓެއް ލިބުނީ ރައީސް ނަޝީދަށް ކަމަށް ރަށުތެރޭގައި ކިޔާ އުޅެއެވެ.

    ކިތަންމެ ބޮޑު ނަހަމަ ފައިދާއެއް ރައީސް ނަޝީދު ހޯދިޔައަސް އެއްޔަކީ ހޯދި އެއްޗަކަށް ލިބުނު އެއްޗަކަށް ނުވާނެއެވެ. އެންމެނަށް ވުރެ ބާރަށް އެކަމެއްގެ ވާހަކަ ދައްކާ ރައީސް ނަޝީދު މަންޒަރުން ގެއްލުވާލާނެއެވެ. ކޮންމެވެސް އެހެން މީހެއްގެ ބޮލަށް ޖަރީމާ ކަނޑާލާ ބާރު ބާރަށް ސަރުކާރާއި ރައީސަށް ފާޑުކިޔާ ބޭނުންވާ ގޮތަކަށް އެ ވާހަކަ ވައިގައި ހިއްުޕުވާނީ  ރައީސް ނަޝީދާއި އޭނާގެ ލޮލުން ދުނިޔެ ދެކިގެން އުޅޭ ރައީސް ނަޝީދުގެ އަޅުކުދިން ކޮޅެވެ.

    ވެންޓިލޭޓަރު މައްސަލައާއި ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރަށް ވުރެ ބޮޑުވަގެއް ނެތް ވަރަށް ކުޑަ އަމީނުގެ މަސްކެއެވެ. ނޮޅާ ކަށިންނެވެ. ވަޒީރު ކަމުން ވަކިކޮށް އަބްދުﷲ އަމީނު ޖަލަށް ނުލައިގެން ރައީސް ނަޝީދާއި އައުވާނުން ރޭނިދި ނުނިދައެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަގާން ޖެހޭ ހިސާބަށް މަޖިލިސްގެ ރައީސް ނަޝީދު އިސްވެހުރެ އެކަން ދުއްވާލުމުން އަމީނަށް މަޖުބޫރުވީ މަގާމުން އިސްތިއުފާ ދޭށެވެ. ވެންޓިލޭޓަރުވަގު ގެ ސިއްކަ އަމިއްލަ ނިއްކުރީގައި ޖަހައިގެން ކުޑަ އަމީނަށް އެންމެ ފަހުން ޖެހުނީ ގެއަށްދާށެވެ. 

    އިންސާނީ ކަރާމާތް ގެއްލުވަލުމުގައި ރައީސް ނަޝީދަކީ ނަންބަރ ވަން އެވެ. ދައުލަތަ ރައްޔިތުންނަށް ހެޔޮ އެދިގެންކަމަށް ހެދިގެން އުޅޭ ރައީސް ނަޝީދަށް އޭނާގެ މަސްލަހަތާ ޖެހުމުން ކިތަންމެ ބޮޑު ވަގެއްވެސް އޯކޭވެއެވެ. ގާސިމް އިބުރާހީމް ރައީސް ސާލިހުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ހުރެ މިލިޔަނުން ގެއްލުމުގެ ބަދަލު ހޯދާތީ ގާސިމު ދައުލަތް ދަވަލާކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރީ ރައީސް ނަޝީދެވެ. ހައްގުނޫން ގޮތްގޮތައް ރަށްރަށާ ބިންތައް ގަސިމް ވެރިކުރަމުން ދާކަމަށް ކަރުން ނާރުނަގާ ގޮވީ ރައީސް ނަޝީދެވެ.

    ރައީސް ސޯލިހާ ޕާޓްނަރޝިޕް ނުހަދާ އަމިއްލައަށް ރިޔާސީ އިންތިހާބަށް ގަސިމު ނިކުތުމުން އެވަރެއް ރައީސް ނަޝީދަށާއި އޭނާގެ އައުވާނުންނަކަށް މިހާރަކު ނެތެވެ. ވެންޓިލޭޓަރވަގުވެސް ރައީސް ނަޝީދަށް މިހާރު އޮކޭއެވެ.

    ]]>
    Sat, 08 Apr 2023 18:19:19 +0500 ހީރަސްނިއުސް
    އިގުތިސާދީ ކުރިއެރުން އަންދާޒާތަކަށްވުރެ މަތިވާނެ https://heerasnews.com/1201 https://heerasnews.com/1201 ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވި ނަމަވެސް ބޭރުގެ ދަރަނި ބޮޑުވެ ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާ މެދު ކުރެވޭ އުންމީދު ބޮޑެވެ. ނެރެވޭ ނަތީޖާ ރަނގަޅެވެ.

    ވާލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ ހިސާބު ކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅުވައިގެންނެވެ.  2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރުން ވާލްޑް ބޭންކުން ހިސާބުކޮށް އަންދާޒާކުރި މިންވަރަށް ވުރެ ކުރިއެރުމުގެ ނިސްބަތް ރާއްޖޭގައި މާ މައްޗެވެ. 

    މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ ވަނީ އިތުރުވެފައެވެ. މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ރާއްޖޭގެ މާލީ ވަޒީރު ލަފާކުރައްވައެވެ. އެހެންކަމުން އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާ ތަކަށްވުރެ މަތިވާނެ ކަމަށް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއެވެ.

    ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދިޔަ ނަމަވެސް ރާއްޖޭގައި ތަކެތީގެ އަގުބޮޑު ވެގެން ކުރާ އަސަރު އަވައްޓެރި އެހެން ގައުމުތަކާއި އަޅާބަލާއިރު ވަރަށް ކުޑަކަމަށް ފިނޭންސް މިިނިސްޓަރ އިބްރާހިމް އަމީރު ފާހަގަ ކުރައްވައެވެ.

    "ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށްވީ ނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަ"ކަމަށް އަމީރު ވިދާޅުވެއެވެ.

    ރާއްޖޭގެ ތަކެތީގެ އަގު މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި ކުރިމަތިވާ ފިސްކަލް ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައި ވާނެއެވެ. ހުރި ހިރާސްތައް މެނޭޖް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންވެ އަޅަމުން އެބަދެއެވެ. 

    ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށެވެ. އުނދަގުލުން އަރައި ގަތުމަށް ސިޔާސަތު ތަކަށް ބަދަލު ގެންނަނީ ރައްޔިތުންނަށް އެ ކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް ބަލައިގެންނެވެ. 

    ]]>
    Wed, 05 Apr 2023 18:16:33 +0500 ހީރަސް
    ސަރުކާރުން އަލީ ސޯލިހު ވަކިވާނީތަ ނޫނީ ވަކިކުރާނީތަ! https://heerasnews.com/1192 https://heerasnews.com/1192 ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސާލިހު މިހާރުން މިހާރަށް ސަރުކަރުން ވަކި ކުރަންޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ވާދަކުރާ ކެންޑިޑޭޓް ލީޑަރުކަން ކުރާ ޕާޓީގެ ރަސްމީ ސްޕޯކްސް ޕާސަން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރާ މަގާމެއްގައި ގާނޫނު އަސާސީގެ 115ގެ ދަށުން ނުހުރެވޭނެއެވެ. ވާދަވެރިއެއްގެ ފަހަތަށް އަރާ އޭނާ ވިއްކަން އުޅޭނީ ރައީސްގެ ސިޔާސަތު ކަމު ނުދާތީއެވެ. 

    ރައީސްގެ ސިޔާސަތު ތަންފީޒު ކުރަން ތިބެންޖެހޭނީ ތަންފީޒު ކުރާ ސިޔާސަތު ކަމުދާ ބައެކެވެ. އެހެން ގޮތަކަށް އުޅެންވާނީ އުޅޭގޮތް ދޫކޮށްލާފައެވެ. އެމްޑީޕީއާއި އެކު ޖުމްހޫރީން ކޯޅިޝަން ހެދީ ރައީސްގެ ސަރުކާރު ނަގަހައްޓާ ދަމަހައްޓާށެވެ. ސަރުކާރުގައި ތިބެ ސަރުކާރާ ވާދަ ކުރާކަށް ނޫނެވެ. 

    ޖުމްހޫރީ ޕާޓީއަށް ކްރެޑިޓް ނުދީ ރައީސް ސާލިހުގެ މޮޅުކަމާއި މި ސަރުކާރުގެ ކާމިޔާބީތަކާއި ސަރުކާރުގައި ތިބެ ޖުމްހޫރީން އެޅި މޮޅުގެ ވާހަކަ އަލީ ސާލިހަށް ދައްކާލަން ކެރޭނެ ބާވައެވެ. ކެރެންޏާ ދައްކާލަން ފަށާބަލާށެވެ. ކިހާ ދުވަހަކު ޖުމްހޫރީ ސްޕޯކްސް ޕާސަނަކަށް ހުރެވޭތޯ ބަލަން ތިބޭނަމެވެ. ނުހުރެވޭނެއެވެ. ނުބަހައްޓާނެއެވެ. ވާދަވެރި ހާލަތުގައި ބަހައްޓައިގެންވެސް ނުވާނެއެވެ. 

    ގޮތެއް އަދަބެއް ސަދަބެއް ހުރިނަމަ ކުޑަވެގެން ޑރ. މައުސޫމު އެކޮށްލެއްވި ވަރުވެސް ކޮށްނުލާ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ނުތިބޭނެއެވެ. ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވަނީ ދިވެހި ދައުލަތާ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ، ރިޔާސީ ދެވަނަ ދައުރެއް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުންކަމަށެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި ޑރ. މައުސޫމް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ ފިސާރި ކެރިވަޑައިގެން ހުންނަވައެވެ.

    މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށްވެސް އެންމެ ފައިދާބޮޑު ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއްވެސް ޝަރުތަކާއި ނުލައި ތާއިދުކޮށް، ރައީސް ޞާލިޙަށް ބައިއަތު ހިފާފައިވާ ކަމަށެވެ. 

    ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން ޖޭޕީގެ ސްލޮޓްގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން އަންނަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަމުންނެވެ. ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާކަން މައުސޫމް ވެސް ހާމަކުރައްވާފައިވެއެވެ.

    އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހާއި ޗައިނާ އެންބަސީގެ ޑެޕިއުޓީ އެމްބަސެޑަރ ސޮބާހު ރަޝީދާއި އާޓްސް މިނިސްޓްރީގެ ނައިބު ވަލީދާގެ އިތުރުންވެސް ގިނަ ބޭފުޅުން ތަކެއް ޖުމްހުރީ ޕާޓީން ވަކިވެ ވަޑައިގެން ރައީސް ސާލިހަށް ބައިއަތު ހިއްޕަވައިފިއެވެ. އެބޭބޭފުޅުންނާއެކު އެބޭފުޅުންގެ އާއިލަތަކާއި ރަހުމަތްތެރިންނާއި ފޭނުން ބައިބަޔަށް ރައީސް ސޯލިހަށް ދެވަނަ ދައުރު ހޯއްދަވަ ދެއްވުމުގެ މަސައްކަތްޕުޅު ވަނީ ފައްޓަވާފައެވެ.

    ރައީސް ސާލިހުގެ ކެބިނެޓްގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގެ އަނބިކަބަލުން އައިޝާއާއި އަރިސް ދަރިވަރު ޑރ. ހުސައިން ހައްދަވަން އުޅުއްވާ ގޮތެއް ސާފެއް ނޫނެވެ. 

    ]]>
    Sun, 02 Apr 2023 18:18:08 +0500 ހީރަސް
    ޕާޓީން ކެނޑި ފާޑުކިޔުން ގާސިމަށް ހަޖަމެއްނުވި https://heerasnews.com/1189 https://heerasnews.com/1189 ޖުމްހޫރީ ޕާޓީ ދޫކުރައްވާ ބޭބޭފުޅުން އެބޭފުޅުންގެ ރައުޔު ހާމަ ކުރައްވަމުން ގެންދަވާތީ ގާސިމް އިބްރާހީމަކަށް ހަޖަމެއް ނުވިއެވެ. ފަތުއަޑު ކިޔާފައި ޖުމްހޫރީޕާޓީން މީހުން ކެނޑެން ފެށުމުން ހަޖަމެއް ނުވާނެތާއެެވެ. ގާސިމާ ޖުމްހުރީ ޕާޓީގެ ގޮތް އެނގޭނީ ޕާޓީގައި މަސައްކަތް ކުރި މީހުންނަށެވެ. ޔާމީނު ކުރިހާ ވައްކަމުގައި ބައިވެރިވެ ހިތްވަރުދީ އަތްޖަހަން ތިބެފާ ބޮނދަން ޖުމްހޫރީ ޕާޓީއަށް އައިސް ތިބި ބަޔަކު މަތިފަޑީގައި ތިބެ ޖުމްހޫރީ ޕާޓީ ހިސޯރު ނުކޮށް އޮތް ކަމަކަށް ނުވާނެއެވެ. ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިހާބު ބޯމަތިވުމުން ތިލަވާ މަސްއަޅާ ކަންދުފައްޗެއްކަން ނޭނގެނީ ކާކަށް ހެއްޔެވެ.

    "ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟" ގާސިމް ވިދާޅުވާއިރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ކޯލިޝަން ހައްދަވައިގެން ނެންގެވުނުހާ މަންފާއެއް ނަންގަވައިގެން ހުންނަވާ ރައީސް ސާލިހުގެ ސަރުކާރަށް ނިސްބަތް ކުރައްވާ ވިދާޅު ނުވަނީ ކޮން އެއްޗެއް ހެއްޔެވެ. ވީކަމެއް ކުރެވުނު ކަމެއް އޮތްކަމަށް ވީހެއްޔެވެ. ސަރުކާރުގެ ކޮންމެ ކާމިޔާބީއަކާ ގުޅުވައިގެން ޖުމްހޫރީއަށް ތައުރީފް ނުކޮށްގެން ވެސް އިރިއިރިލާތީ އުޅުއްވީ ގާސިމް ނޫންތޯއެވެ. ގާސިމް ގެ މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއްހެން އޮތީ އަމިއްލަފުޅު މުށުގައެވެ. އަވަހާރަ ލައްޕަވާ ތަންމައްޗަށްވެސް ވަޒީރުކަމެއް އެބަ އޮތެވެ. 

    ޖުމްހޫރީ ޕާޓީ ދޫކޮށްލާ މީހުން ޕާޓީ ދޫކުރަނީ ސަރުކާރުގެ މަގާމުގެ ދިފާއުގައި ކަމަށް ދޭހަވާގޮތަށް ގާސިމް ޓްވީޓެއް ކުރެއްވީމާ ކަންކަމުގައި ކެތްތެރިކަމާ ލީޑަރޝިޕް ނެތްވަރު އެވަރުގެ ކުޑަކަމަކުން ވެސް ހާމަ ވެއެވެ. 

    އަޖައިބެކެވެ. ގިނަ މީހުން ސިޔާސީ ޕާޓީ އަކާ ގުޅިގެން ސިޔާސީ މަސައްކަތް ކުރަނީ ސިޔާސީ މަގާމު ހޯދާށެވެ. ކޯލިޝަން ހަދައިގެން ސަރުކާރު އެކުލަވާލަނީ ސިޔަސީ މަގާމުތައް ހިއްސާ ކުރާށެވެ. މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިބި މީހުން ރައީސް ސާލިހު ހޮވަން ނޫޅެ ގާސިމް ނޫނީ އެހެން މީހަކު ހޮވަން އުޅެން ޖެހެނީ ކީއްވެގެން ހެއްޔެވެ. ގާސިމު ރައީސް ކަމަށް އަޔަސް ބޮޑުވެގެން ލިބޭނީ ވަޒީރު ކަމެކެވެ. އެހެން ކަމަށް ވަންޏާ މަގާމު ދިފާއުކޮށް ދެވަނަ ދައުރަކަށް ރައީސް ސާލިހު ހޮވައިގެން މަގާމު ކަށަވަރު ކުރުން އެ މީހުނަށް މާ މޮޅެވެ. 

    ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ ގާސިމް އިބްރާހީމްގެ އަނބިކަބަލުން އައިޝަތު ނަހުލާ ވަޒީރުކަމުން އިސްތިއުފާ ނުދެއްވާ އެ ހުންނަވަނީ ގާސިމްގެ ލީޑަރޝިޕަށްވުރެ ރައީސް ސާލިހުގެ ލީޑަރޝިޕް ވަރުގަދަ ކަމުންތާއެވެ. ނޫނީ އަނބިކަބަލުންނަށް ވަޒީރުކަމުން ލިބިވަޑައިގަންނަވާ މުސާރަފުޅު ސަރުކާރުން ނުހޯއްދަވާ އުޅުއްވޭ ވަރަށްވުރެ ބިކާރީ ބޭފުޅަކަށް ގާސިމް ވަނީތާއެވެ. 

    ޕާޓީ ދޫކޮށް ސަރުކާރާ ގުޅި ރައީސް ސާލިހަށް ތާއީދުކުރާ ކޮންމެ މީހަކަށް ކުޑައިމީސް ކުރުމުގެ ގޮތުން ވަޒީފައަށްޓަކާ ޕާޓީ ދޫކުރަނީ ކަމަށް ބަޔަކު ބުންޏަސް ޕާޓީ ހަދައިގެން ޕާޓީއަށް ވެރިކަން ހޯދަން އުޅެނީ މަގާމާ އާރާބާރުގެ ބޭނުމުގައި ނޫންކަމަކަށް ނުވާނެއެވެ.  

    ]]>
    Sat, 01 Apr 2023 18:27:20 +0500 ހީރަސް
    ޖޭޕީއަކީ ގައިރު ގާނޫނީ ޖަމާއަތެއް! https://heerasnews.com/1183 https://heerasnews.com/1183 ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިކުރެއްގެ ދިރުމުގެ ނަމުގައި ހިންގާ ގައިރު ގާނޫ ހަރަކާތުގައި ޖުމްހޫރީ ޕާޓީން ބައިވެރިވާ ވުމަކީ ގާނޫނީ ކުށެކެވެ. އެމްޑީޕީގެ ނަމުގައި ބަޔަކު ހިންގާ ގައިރު ގާނޫނީ ހަރަކާތަކާއެކު ޖުމްހޫރީން ސިޔާސީ މަޝްވަރާކޮށް ކޯލިޝަން ހަދަން އުޅޭ އުޅުމަކީ އެކަމާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ. އެނގި ތިބެ ގައިރު ގާނޫނީ ޖަމައަތަކާ ބައިވެރިވެ ގައިރު ގާނުނީ އެއްބަސް ވުމެއް ހަދާނީވެސް ގައިރު ގާނޫނީ ޖަމާއަތަކުންނެވެ.

    ޖޭޕީއާއި ރައީސް ނަޝީދުގެ މަންދޫބުންގެ ދެމެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ހެންވޭރު ހުޅަގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ނޫސްވެރިންނާ ބައްދަލުކޮށް ދެއްކިވާހަކައިން އެ މީހުން ތަމްސީލު ކުރާކަމަށް އެ ބުނަނީ އެމްޑީޕީކަން ސާފެވެ. 

    "އަޅުގަނޑުމެން އައިސް މި ތިބީ ޕާޓީގެ ރައީސްގެ ފަރާތްޕުޅުން، އެމްޑީޕީގެ ރައީސްގެ ފަރާތްޕުޅުން،" ކަމަށް ބުނުމުން އެމީހުން ތަމްސީލު ކުރަނީ އެމްޑީޕީކަން ސާފެވެ. އަންނަ ރިޔާސީ އިންތިހަބުގައި އެމްޑީޕީން ޖޭޕީގެ ފަހަތަށް އެރި ފަދަ މޭރުމަކުން ހަސަން ލަތީފް ދެއްކި ވާހަކައިން އެނގުނުކަމަކީ އެމްޑީޕީގެ ރައީސް ގާނޫނާއި ހިލާފް ވެއްޖެކަމެވެ. އެ ހިލާފުވުމުގައި ޖޭބީ ރަނގަޅަށް ބައިވެރިވާކަމެވެ. މިހާރު މަސައްކަތް ކުރެވުމުން ދަނީ ކޯލިޝަންގެ އެގްރީމެންޓެއްގައި ސޮއިކުރުމަށް ކަމަށް ސާފުކޮށް ހަސަން ލަތީފު އެ ވަނީ ބުނެފައެވެ.

    އެމްޑީޕީގެ ގައުމީ މަޖިލިސް ކަނޑައަޅާ ގޮތެއްގެ މަތީން ޕާޓީގެ ފަރާތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމުގެ ބާރު އެމްޑީޕީގެ ރައީސަށް އެމްޑީޕީގެ އަސާސީ ގަވައިދު ދެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި ޕާޓީގެ ފަރާތުން އެއްވެސް ބަޔަކާ މަޝްވަރާ ކުރުމުގެ ބާރެއް ގައުމީ މަޖިލީހުން ޕާޓީގެ ރައީސް ނަޝީދަށް ދީފައެއް ނެތެވެ. 

    2023 ގެ ރިޔާސީ އިންތިހާބާ ގުޅޭކަންކަމުގައި އެމްޑީޕީގެ ފަރާތުން އެކި ފަރާތްތަކާ މަޝްވަރާ ކުރުމުގެ ބާރު ގައުމީ މަޖިލީހުން ދީފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށެވެ. ރައީސް ނަޝީދަކަށް ޝިފާޒަކަށް އަމްރަކަށް ހަސަން ލަތީފަކަށް ނޫނެވެ. 

    އަނެއްކޮޅުން އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާކަން އެ ވަގުތަކު ކުރާ މީހަކީ އެ ވަގުތަކު އެމްޑީޕީގެ އިސްލީޑަރެވެ. މިހެން މިކަން އޮތް އިރު އެމްޑީޕީގެ  ރިޔަސީ ކެންޑިޑެޓެއް ކަނޑައެޅުމަށް ފަހު އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރިޔާސީ އިންތިހާބު ނިމެންދެން ރިޔާސީ ކެންޑިޑޭޓްކަމަށް އަސާސީ ގަވައިދު ބުނެއެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނަނީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަށް ވޯޓު ދިނުމާއި ތާއީދު ހޯދަން މަސައްކަތް ކުރަން ކޮންމެ މެންބަރަކަށް ލާޒިމްކަމަށެވެ. 

    ކޮންގްރެސް އާއި ގައުމީ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ދީފައިވަ ޕާޓީގެ ރައީސް ޕާޓީން ނުދޭ ބާރެއް ލިބިގަނެގެން އެމްޑީޕީގެ ރައީސް ނަޝީދު ހިންގާ ގައިރު ގާނޫނީ ހަރަކާތުގައި ބައިވެރިވާ މެންބަރުންނާއި ރައީސާމެދު އެމްޑީޕީން ފިޔަވަޅު އަޅަންޖެހެއެވެ. ކޮންގްރެސްއާއި ގައުމީ މަޖިލީހުން އެކަށައަޅާ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ބޮލުގައި އަޅައިގެން ހުރެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ޕާޓީގެ ރައީސް އަމަލު ކުރާ ކުރުން ހުއްޓުވަން ޖެހެއެވެ. އެހެން ޕާޓީއަކަށް ރިޔަސީ އިންތިހާބު ހޯދަދޭން އުޅޭއުޅުން ހުއްޓުވާ އެމްޑީޕީގެ އަސާސީ ގަވައިދުގެ 20 ވަނަމާއްދާގެ ދަށުން ރައީސް ނަޝީދާއި އޭނާގެ ބައިވެރން ޕަޓީން ވަކިކުރަން ޖެހެއެވެ. 

    ގައިރު ގާނޫނީ ބަޔަކާއެކު ކޯލިޝަން ހަދައިގެން ޖުމްހޫރީ ޕާޓީން ވެރިކަމަށް އަންނަން އުޅޭއުޅުމަށް އިލެކްޝަން ކަމިޝަނުން ފިޔަވަޅު އަޅަންޖެހެއެވެ. އެމިހަކާ އެމިހަކުވެ ކޮންމެ މީހަކު ހަދާނެ އެއްޗެއް ހަދާ ގާނޫނީ ހުކުމަތުގެ ބާރު ކަނޑުވާލާ ކަނޑުވާލުމަށް ފިޔަވަޅުއަޅާ ގާނޫނުގެ ހުކުމް ނަގަހައްޓަން މުއައްސަސާތަކުން މަސައްކަތްކުރަން ޖެހެއެވެ. ޑިމޮކްރަސީއަކީ ހައްގާ މިނިވަންކަމާ އެއްވަރަށް ވަޖިބާ ޒިންމާވެސް އޮންނަކަމެކެވެ.  

    ]]>
    Thu, 30 Mar 2023 18:19:17 +0500 ހީރަސް
    އަމްރުވެސް އަންނިގެ ޝިކާރަ އަކަށް! https://heerasnews.com/1176 https://heerasnews.com/1176 އެމްޑީޕީގައި ސިޔާސީ ގޮތުން ތިމާ އަށްވުރެ އުޖާލާ ފަހި ކުރިމަގެއް ލިބިދާނެ ޒުވާނަކު ހުރިއްޔާ ކައިރިކޮށް ފިރުމަމުން ގެންގޮސް އެމީހާ ޗާޓުން ބޭރުކޮށްލުމަކީ އަންނިގެ އާދައެވެ. ޗެއަރޕާސަން އިންތިޚާބުގައި ޕާޓީ ބައިބައި ވެދާނެތީ އިންތި ހުރީ އެކަން ކުރާކަށް ނޫނެވެ. އަންނި ނަޞޭޙަތް ދިން ދިނީނުން އިންތި ނެރެ ބަލި ކޮށްލާ އަލުން އަތުނުވާ ހިސާބަށް އިންތި އެހުރީ ބޭކާރު، ބާކީ ބަލިމާނަކަށް ހަދާފައެވެ. ދެން ފެންނާން ހުރި އެކަކީ ހުސެން އަމްރެވެ.  އަމްރަށް އަންނި ހަދަމުންދާ ގޮތް މިހިރަ ދަނީ ފެންނަމުންނެވެ. އެއީ ތިމާއަށް ވެރިކަން ނުލިބުނު ތަނުގައި އެމްޑީޕީ އާއި އެމްޑީޕީ ސަރުކާރާއި ޕާޓީގެ ކުރިމަގު ފުނޑާލަން ހީލަތްތެރި ކަމާއެކު އަންނި ހިންގާ ކަންކަމެވެ. 

    އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސެން އަމްރަކީ އެމްޑީޕީ އުފެއްދި ގާބިލް ޒުވާނެކެވެ. ގދ ތިނަދޫ އާއި މާލެއަށް މައިފުނަ ނިސްބަތް ވުމަކުން ހެދި ހުރި ޝަޚްޞިއްޔަތެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފަހު ވަގުތު ރައީސް ޞޯލިޙް ދޫކުރައްވާ އަމްރު ނެންގެވީ ރައީސް ނަޝީދުގެ ފަޅިއެވެ. އެތެރޭގެ ޕްރައިމަރީގައި އެ ޕާރޓީގެ މެމްބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ އެމްޑީޕީގައި އޮންނަ އުޞޫލެވެ. އޭގެ ފަހަތުން ދެން އޮންނަ އުޞޫލަކީ ޕްރައިމަރީގައި މޮޅުވާ ކެންޑިޑޭޓްގެ ފަހަތަށް ބަލިވާ ކެންޑިޑޭޓާއި ޓީމް އެރުމެވެ.

    އައު ކަމަކަށްވީ ރައީސް ނަޝީދު ޕްރައިމަރީގައި ބަލިވުމުން އެ މަނިކުފާނަށް އެކަން ހަަޖަމު ނުވުމެވެ. އެއާއެކު އެ މަނިކުފާނުގެ ފަހަތުގައި ތިއްބެވި ބައެއް ބޭފުޅުން ގޮވައިގެން ނުކުންނަވާ އެމްޑީޕީ ފޮތިކޮށް ސަރުކާރު ބަލި ކޮށްލުމަށް ހަނގުރާމަ އިއުލާން ކުރައްވައިގެން އުޅުއްވާ އުޅުއްވުމެވެ. ފިކުރެއްގެ ދިރުމޭ ކިޔާ ފެއްޓެވި މި ހަރަކާތަށް ތާއީދު ލިބުނީ ހިހޫ ގޮތަކަށެވެ. އެމްޑީޕީގެ އުޞޫލް ތަކަށް ރުހިގެން ރައީސް ނަޝީދަށް ތާއީދު ކުރި ގިނަ ބަޔަަކަށް މިކަން ކަމަކު ނުދިޔައެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ދެއްކެވި ކޮންމެ މަގެއް އެއީ ތެދު މަގުކަމަށް ބަލާ އެގޮތަށް އީމާން ވެގެން ތިބި މަދު ބަޔަކަށް ވީ އެހެން ގޮތެވެ. އެމީހުން ދުނިޔެ ދެކެނީ ރައީސް ނަޟީދުގެ ލޮލުންނެވެ. އަޑު އަހާ ބަސް ބުނެ ހިނގަނީ އަމިއްލަ ހިއްސުތައް ދޫކޮށް ރައީސް ނަޝީދުގެ ހިއްސު ތަކުންނެވެ. އަމިއްލައަށް ފެންނަ ތަނެއް، އިވޭ އަޑެއް، ކުރެވޭ ބުއްދިއެއް ނެތެވެ. އިއްޔެއާ ދިމާ އިދިކޮޅަށް ރައީސް ނަޝީދު ހުންނެވިޔަސް އެއީ ހަމަ އެންމެ ރަނގަޅު ގޮތެވެ. ކަނު ބީރު މަންމަން މީހުންނަށް މީހުން ވަނީ ވަކި ދަފްތަރެއްގައި ނަން އޮތުމަކުން ނޫނެވެ.

    ހުސެން އަމްރު މުޙަންމަދު ރަޝާދަކީ ޕްރައިމަރީން ރައީސް ނަޝީދު ބަލިވިތަން ނުފެނުނު އެކަކެވެ. ދައުަލަތުގެ އެންމެ ބޮޑު ކުންފުންޏާ ހަވާލުވެ ހުންނަވާ ކުރައްވަން ފެއްޓެވި ކަމަކީ ދައުލަތުގެ ވެރިޔާ ސިޔާސީ ގޮތުން ބަލި ކޮށްލުމުގެ މަސައްކަތެވެ. އެމްޑީޕީ އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދޫކޮށް ރައީސް ނަޝީދު ވިދާޅު ވިޔަތީ ގާސިމާ މަޝްވަރާތައް ފެއްޓެވީ އަންނަ އިންތިޚާބްގައި އެމްޑީޕީ ބަލި ކުރުމަށެވެ.

    ގާސިމަކީ އެންދެރިމާގޭގެ އުފެއްދުމެކެވެ. އަމްރުގެ ބައްޕަ ރަޝާދަކީ އެންދެރިމާގޭ އިލްޔާސް އިބްރާހީމާ ގާތް ގުޅުންތަކެއް އޮވެގެން ވިޔަފާރީގެ ތެރެއަށް ނުކުންނެވި ބޭފުޅެއް ކަމަށް ވެއެވެ. މައުމޫނު އެ ހުންނެވީ ހުރިހާ ހޮރަކަށް ފައިދީގެން އިން ބޯވައެއް ހެންނެވެ. ކޮންމެ ދިމާ އަކަށް މޮޅެއް ވިޔަސް މައުމޫނަށް މޮޅުވާ ގޮތް ހަދައިގެން ކަމަށެވެ. އަމްދުން ގާސިމާ އެކު އެންދެރިމާގެ ފަޅިއަށް ވެރިކަން އަތުވެއްެޖެ ނަމަ މޮޅުގައި މޮޅު އެޅީއެވެ.

    ސުވާލަކީ ގާސިމްގެ ރަނިންމޭޓަކީ މައުމޫންގެ ފާރިސް ހެއްޔެވެ؟ ނޫނީ ތިނަދޫ ރަޝާދުގެ ހުސެން އަމްރު ހެއްޔެވެ؟ މިއިން ކޮންމެ މީހެއް ވިޔަސް އެ މީހާ ގާތީ އެންދެރިމާގެ އާއެވެ. އެމްޑީޕީއަކާ ނޫނެވެ.

    ]]>
    Sun, 26 Mar 2023 21:44:16 +0500 ހީރަސް
    މިދިޔަ އަހަރު ބީއެމްއެލްއިން 33 މިލިޔަން ރުފިޔާ ގެއްލުނު https://heerasnews.com/1156 https://heerasnews.com/1156 އޮޅުވާލައިގެން ސްކޭމްގެ ގޮތުގައި ބީއެމްއެލް އެކައުންޓް ތަކަކުން 33 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައި ވާކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. ބީއެމްއެލް އެކައުންޓް ތަކަކުން ގެއްލިގިގެން އުޅޭ 33 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަކީ ހުސްވި އަހަރު އެ ބޭންކްގެ އެކައުންޓް ތަކަކުން ފައިސާ ގެއްލިގެން ރިޕޯޓް ކޮށްފައިވާ 1360 މައްސަލައިގައި ހިމެނޭ ފައިސާއެވެ.

    2021 ވަނަ އަހަރު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 686 މައްސަލަ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީއަށް ވެސް ހުށައަޅާފައިވއެވެ. 2022 ވަނަ އަހަރު އެމްއެމްއޭއަށް އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ ހޯދުމުގެ 1459 މައްސަލަ ހުށަހަޅާފައި ވަނިކޮށް މިއަހަރުގެ މިހާތަނަށް 238 މައްސަލައެއް އެމްއެމްއޭއަށް ވަނީ ހުށަހަޅާފައެވެ. 

    ސްކޭމުން އޮޅުވާލައިގެން ފައިސާ ހޯދުމަށް ބޭނުންކޮށް އުޅެނީ ސިމްކާޑް ކަމަށް ފުލުހުންގެ ހޯދުންތަކުން އެނގިފައިވެއެވެ. ސްކޭމްގެ މުއާމަލާތުގައި ގިނައިން ބޭނުންކޮށްފައި ހުންނަނީ ބިދޭސީންގެ ނަމުގައި ނަގާފައި ހުންނަ ސިމްކާޑްކަން ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފައެވެ. ފުލުހުން ބުނާ ގޮތުގައި 12 ބިދޭސީއެއްގެ ނަމުގައި 38000 ސިމް ކާޑު ހައްދައިގެން ބޭނުން ކުރާއިރު އެންމެ ބިދޭސީއެއްގެ ނަމުގައި ވެސް 800 ސިމްކާޑް ހައްދާފައި ވަކަން އެނގެއެވެ. ޖުމްލަ 14 ބިދޭސީއެއްގެ ނަމުގައި 62000 ސިމްކާޑް ހައްދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

    މަފުށީޖަލުގައި ތިބި ގައިދީންގެ ތެރެއިން ބަޔަކު 305 ސިމްކާޑް ބޭނުން ކޮށްގެން ސްކޭމްގެ މުއާމަލާތްތައް ހިންގާފައިވާކަން ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވެއެވެ. 

    ]]>
    Tue, 21 Mar 2023 12:35:07 +0500 ހީރަސް
    މެނޭޖަރުން ވާންޖެހޭނީ ނަމޫނާ ބަޔަކަށް: ސްޓެލްކޯ ޝަރީފް https://heerasnews.com/1151 https://heerasnews.com/1151 ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ "ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ" ޓެރެއިނިންގ ނިންމުމުގެ ރަސްމިއްޔާތުގައެވެ. 

    އެމްޑީ ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ސްޓެލްކޯ މެނޭޖަރުން ލީޑު ކުރަންވަންޖެހޭނެއެވެ. އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

    އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން ކޮންމެވެސް ވަރެއްގެ ހިއްސާއެއް މިފަދަ ޓްރެއިނިންގތައް ހިންގައިގެން ސްޓެލްކޯއަށް އެބަ އަދާ ކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވާހެން އެންމެ ބޮޑު އެއް ރައުސުލްމާލަކީ ލިބިފައިވާ މީހުންކަމަށާއި މީހުން ބިނާކޮށްގެން މެނުވީ ކުރިއަށް ނުދާނެކަމަށް ޝަރީފް ވެސް ވިދާޅުވިއެވެ. 

    ސްޓެލްކޯގެ ލީޑާރޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި މިފަދަ ޓެރެއިނިންގ ތަކުގެ ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ވަކިކަމެއް ވަކިގޮތަކަށް ކުރަން ދަސްކޮށްދޭ ދިނުން އެކަނި ނޫން ކަމަށާއި، އެ ރަށެއްގެ މާހައުލަކަށްފެތޭ ގޮތަށް ސިކުނޑިއާއި ލޯ ހުޅުވާލަދީ ކަންކަމަށް މަގުފަހިކޮށް ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށް ދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. 

    ހަމައެހެންމެ ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށް ވިދާޅުވަމުން ޝަރީފް ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ ކަމަށާއި އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށެވެ.

    •  މީގެ އިތުރުން، ޓެކްނިކަލް އިންޗާޖުންނާއި، ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮއްނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން، ހިންގުމަށް ރާވަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި އަހަރުތެރޭގައި އެ ޓްރެއިނިންތައްވެސް ހިންގިގެން ދާނެ ކަމަށް.

    ]]>
    Mon, 20 Mar 2023 16:46:39 +0500 ހީރަސް
    އިންޑަސްޓްރިއަލް ޒޯނުގައި އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް https://heerasnews.com/1142 https://heerasnews.com/1142

    އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި އެސްޓީއޯގެ ހޯލްސޭލް ކައުންޓަރއެއް ހުޅުވައިފިއެވެ. ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުޅުވި ހޯލްސޭލް ކައުންޓަރުން މިހާރު ހިދުމަތް ލިބޭނެއެވެ.

    އެސްޓީއޯއިން ހުޅުވި މި ހޯލްސޭލް ކައުންޓަރ ހުންނަނީ ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައެވެ. އިންޑަސްޓްރިއަލް ޒޯނުގެ ކައުންޓަރާއެކު އެ ކުންފުނީގެ މައި ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެސްޓީއޯ ގުދަނުން ވެސް ފައިސާ ބަލައިގަތުމާއި އިންވޮއިސް ހެދުމާއި މުދާ ދޫކުރުމުގެ ހިދުމަތް ލިބޭނެއެވެ. 

    އަނެއްކޮޅުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޯދައަށް ހާއްސަކޮށްގެން އެ ކުންފުނިން ހުޅުވާ ރޯދަ މާޓުން ވެސް އެ ހުރިހާ ހިދުމަތެއް ލިބޭނެ ކަން އެސްޓީއޯއިން ކަށަވަރުކޮށް ދެއެވެ.

    ]]>
    Fri, 17 Mar 2023 15:54:59 +0500 ހީރަސް
    އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރމާކެޓަށް އަހަރު ފުރުން https://heerasnews.com/1138 https://heerasnews.com/1138 އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން އެސްޓީއޯއިން ފާހަގަ ކުރަމުން އެބަދެއެވެ. އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައްގެނެސް އަލުން ހުޅުވިތާ އެއް އަހަރު ފުރުނީއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލު ކުރީ 15 މާރޗް 2021 ގައެވެ.

    ހައިޕަރ މާރކެޓް ކޮންސެޕްޓަކީ އެސްޓީއޯ ނޫން އެހެން ފަރާތްތަކަށް އެތާނގެ ތެރޭގައި ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދެވިގެން ވިޔަފާރިކުރުމުގެ ކޮންސެޕްޓެވެ. އެސްޓީއޯގެ މި ކާމިޔާބު ކޮންސެޕްޓާއެކު ޕީޕަލްސް ޗޮއިސްގައި އާއްމުން ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ވީހާވެސް ގިނަބަޔަކަށް ޕީޕަލްޗޮއިސްގައި ބައިވެރިވުމުގެ ފުރުސަތި ދިނުމުގެ ގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ. 

    ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކްއެއް ކުއްޔައް ދޫކުރުމަށް ތައްޔާރުކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ތައްޔާރީތަކެއް ވުމަށް އެސްޓީއޯއިންވަނީ ފަށަފައެވެ.  ވާންޖެހޭ ތައްޔާރީތައް ދަނީ ވެވެމުންނެވެ.

    ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓަށް އަހަރުވުމާ ގުޅިގެން އަހަރީ ދުވަހަށް ގިނަކަންތައް ތަކެއް އަންނަނީ ޕްރޮގްރާމްކުރެވި ހިނގަމުންނެވެ. 

    • އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓް އިން  މާރޗު 15 ވަނަ ދުވަހު ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެއެވެ. ކޫޕަންގެ ގުރުއަތުން ހޮވޭ ހަތަރު ބޭފުޅަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބެއެވެ.
    • ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަރގްރަމް އަދި ފޭސްބުކްގައި ޝެއަރ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާއެކު މާރޗު 15 ވަނަ ދުވަހު ކުރިޔަށް ގެންދެއެވެ.
    • މިހާރު ކުރިޔަށްދާ ރަމަޒާން ބާޒާރުގެ އިތުރަށް މާރޗު 16 ން 22 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދެއެވެ.
    • މާރޗް 15 ވަނަ ދުވަހުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުން އަދި ހަދިޔާ ބެހުން ކުރިޔަށްގެންދެއެވެ.
    • މާރޗް 15 ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ދިހަ ފަރާތަކަށް ރެންޑަމްކޮށް ސަޕްރައިސްއެއްގެ ގޮތުގައި އަގުހުރި އިނާމްތަކެއް ދެއެވެ.
    ]]>
    Wed, 15 Mar 2023 16:18:50 +0500 ހީރަސް
    ޣާޒީ ސްކޫލު ދަރިވަރުން ސްޓެލްކޯއަށް https://heerasnews.com/1135 https://heerasnews.com/1135 ޣާޒީ ސުކޫލުގެ ދަރިވަރުންތަކެއް ހުޅުމާލޭ އިންޖީނުގެއަށް ޒިޔާރަތް ކޮށްފިއެވެ. ސްޓެލްކޯ އިން ހުޅުމާލޭގައި ހިންގާ އިންޖީނުގެއަށް ޣާޒީ ސްކޫލުން ދަރިވަރުންތަކެއް ޒިޔާރަތްކުރީ މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ގޮތުންނެވެ.

    ދަރިވަރުންނަށް ހުޅުމާލޭ އިންޖީނުގެ ދައްކާލުމުގެ އިތުރަށް އިންޖީނުގޭގެ މަސައްކަތްތައް ސްޓެލްކޯއިން ކުރިއަށްދާގޮތް ދައްކާލިއެވެ. އަދި ސްޓެލްކޯއާއި ބެހޭ ގިނަ މައުލޫމާތު ދަަރިވަރުންނަށް ފޯރުކޮށްދެވުނެވެ. 

    ސްކޫލްތަކުގެ ދަރިވަރުންނަށް އިންޖީނުގެއާއި ބެހޭ މައުލޫމާތު ދިނުމާއި އެތަންތާ މަސައްކަތްކުރާ ގޮތް އަމަލީ ގޮތުން ދައްކަދީ ޓެކްނިކަލް ދައިރާތަކަށް ކުދިން ޝައުގުވެރި ކުރުވުމަކީ ސްޓެލްކޯއިން ވަރަށް ގިނައިން ހިންގަ ހަރަކާތެކެެވެ. 

    ]]>
    Tue, 14 Mar 2023 16:58:00 +0500 ހީރަސް
    ސްޓެލްކޯ ހައްޖު އުމްރާ ދަތުރު https://heerasnews.com/1119 https://heerasnews.com/1119 ސްޓެލްކޯގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެކުންފުނީގެ ދެ މުއައްޒަފަކަށް ދީފިއެވެ. އަދި އިތުރު ދެ މުއައްޒަފުންނަށް އުމްރާގެ އަޅުކަން އަދާ ކުރުމަށްވެސް ސްޓެލްކޯއިން ވަނީ ފުރުސަތު ދީފައެވެ.

    ހައްޖުވުމަށް ފުރުސަތު ދިނީ އެ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން އަންހެނަކަށާއި ފިރިހެނަކަށެވެ. އުމްރާ ވުމަށް ފުރުސަތު ދިނީ އެ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން ހޮވުނު އަންހެނަކަށާއި ފިރިހެނަކަށެވެ. 

    ދެ ޖިންސަށް ވަކިން ހުޅުވާލައިގެން ހައްޖު ވުމަށް ސްޓެލްކޯ މުއައްޒަފުންނަށް ދިން ފުރުސަތަށް ޝަރުތު ފުރިހަމަވާ ތިބީ 96 ފިރިހެން މުވައްޒަފުނާއި 22 އަންހެން މުވައްޒަފުންނެވެ. އުމުރާވުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 262 ފިރިހެން މުވައްޒަފުންނާއި 56 އަންހެން މުވައްޒަފުންނެވެ. ހައްޖާއި އުމްރާ ވުމަށް ހޮވި ހަތަރު މުވައްޒަފުން ހޮވުނީ އެ ކުންފުނިން ރޭ ކުޑަގިރީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ގުރު ނަގައިގެންނެވެ.

    ހައްޖުވުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވުނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ އަބްދުﷲ ޝަރީފެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ ދީޖާ ތައުފީގާއެވެ.

    އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ހޮވުނު ފިރިހެން މުވައްޒަފަކީ ސާވިސް ސެންޓަރުގެ ޝާހުލް ހަމީދެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ފާތިމަތު ރިޒްނާއެވެ.

    ]]>
    Thu, 09 Mar 2023 21:40:20 +0500 ހީރަސް
    ހިލޭ ޑިގްރީގެ 67 ޕަސެންޓް އަންހެނުންނަށް https://heerasnews.com/1117 https://heerasnews.com/1117 ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ސިޔާސީ ގޮތުން ބާރުވެރިކުރުމަށް ޓަކާ އަންހެނުންނަށް ކައުންސިލްތަކުން ޖާގަ ހާއްސަ ކުރުވީ މި ސަރުކާރުންނެވެ. ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމަށް ކުރެވެން އޮތް އެންމެ މުހިންމުކަމަކީ ތައުލީމެވެ. ތައުލީމަކީ އަންހެނުން ބާރުވެރި ކުރުމުގެ އެންމެ މުހިންމު ހަތިޔާރެވެ. 

    ވޭތުވެ ދިޔަ 4 އަހަރު ހިލޭ ޑިގްރީގެ ފުރުސަތު އެންމެ ގިނައިން ދީފައިވަނީ އަންހެނުންނަށެވެ. 16917 ފަރާތަކަށް ހުސްވި ހަތަރު އަހަރު ހިލޭ ޑިގްރީގެ ފުރުސަތު މިސަރުކާރުން ދީފައިވާއިރު އޭގެ ތެރެއިން 67 އިންސައްތަ ދިފައިވަނީ އަންހެނުންނަށެވެ.

    2019 ވަނަ އަހަރުން 2022 ވަނަ އަހަރަށް ސަރުކާރުން 538 ފަރާތަކަށް ސްކޮލާޝިޕް ދިފައިވެއެވެ. ސްކޯލަރޝިޕް ދިން 61 ޕަސެންޓަކީ އަންހެނުންނެވެ. 1387 ކުއްޖަކަށް ސްޓޫޑެންޓް ލޯނު ދިފައިވެއެވެ. ސްޓޯޑެންޓް ލޯނު ދިންކުދިންގެ 42 ޕަސެންޓަކީ އަންހެނުންނެވެ.

    ]]>
    Thu, 09 Mar 2023 00:27:49 +0500 ހީރަސް
    ކުށެއް ސާބިތުވާ ފުލުހަކާ މެދު ފިޔަވަޅު ނާޅާ ނޯންނާނެ: އިމްރާން https://heerasnews.com/1112 https://heerasnews.com/1112

    އާންމު އެކި ފަރާތްތަކާއި ސިޔާސީ މީހުން އަދި ވިޔަފާރިވެރިންނާ ގުޅިގެން ބައެއް ފުލުހުން ކުށްކުރުމުގައި ބައިވެރިވުމަކީ އަލަކަށް ހިނގާ ކަމެއް ނޫނެވެ. އަބަދުވެސް އެކަން ހިނގައެވެ. ދުނިޔޭގެ ހިރިހާތަނެއްގައިވެސް ކުށްކުރާ ފުލުހުން އުޅެއެވެ. ރާއްޖޭގައިވެސް އެކަން އޮތީ އެހެނެވެ. 

    މަދުން ނަމަވެސް ފުލުހުންގެ ތެރެއިން ބަޔަކު ކުށްތަކުގައި ބައިވެރިވެފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. ކުށުގެވެށީގައި އުޅޭ ފުލުހުންގެ ތެރެއިން ކުށްކުށުގައި ބައިވެރިވާ ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މީހުނަށް ގާނޫނީ ފިޔަވަޅު އަޅަމުން ދެއެވެ.
    ކުށްކުރުމުގައި ބައިވެރިވި އެތައް ފުލުހަހަކު މަގާމުން ވަކިކޮށްފައި ވެސް އެބަހުއްޓެވެ. ޑިމޯޓް ކުރުމާއި މަސައްކަތްކުރާ ތަން ބަދަލު ކުރުމާއި ނަސޭހަތް ދިނުން ފަދަ ފިޔަވަޅުތައް އަޅާފައިވަނީ ވެސް މަދެއްކޮށެއް ނޫނެވެ. ބައިވެރިވުން އޮންނަ މީންވަރެއްގެ މައްޗަށް ބަލާ އެ ހިނދަކަށް އަޅަންޖެހުނު ފިޔަވަޅެއް ފުލުހުންނަށް ވެސް އަޅައެވެ. 
    މައްސަލައެއްގައި ޝާމިލުވާކަން ސާބިތުވާ އެއްވެސް ފުލުހަކާ މެދު ފިޔަވަޅު ނާޅާ ނޯންނާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ދެއްވައެވެ. ކުށްކުރުމުގައި އުޅޭ ފުލުހުންގެ މައުލޫމާތު އެނގިވަޑައިގަންނަވާ މަޖިލިސް މެންބަރުން އެ މައުލޫމާތެއް މިނިސްޓަރާ ހިއްސާކޮށް ދެއްވަމުން ގެންދެވުމަށް މިނިސްޓަރ އިލްތިމާސް ކުރައްވައެވެ. ކުށްކުރުމުގައި ބައިވެރިވާ ފުލުހުންގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ކައުންސިލްތަކުގެ ކިބައިންވެސް އެ މަނިކުފާނު އެދިވަޑައިގެންފައިވެއެވެ. ކުށްކުރުމުގައި އުޅޭ ފުލުހުންގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއަށް ގެންދަވަން ވެސް އިމްރާނު ހުންނެވީ ތައްޔާރަށެވެ. 
    މިނިސްޓަރ ޔަގީންކަމާއެކު ވިދާޅުވަނީ އެއްވެސް ހާލަތެއްގައި ކުށުގެ މައްސަލައެއްގައި ޝާމިލްވާ ފުލުހަކާމެކު ފިޔަވަޅު ނާޅައެއް ނޯންނާނެކަމަށެވެ.
    ]]>
    Tue, 07 Mar 2023 14:33:41 +0500 ހީރަސް
    ޔާމީނު ޖަލުގައި ނަމާދު ނުކޮށް އޮންނަނީ ނިދަން! https://heerasnews.com/1110 https://heerasnews.com/1110 ގިނަ ވައްކަމާއި ކޮރަޕްޝަނާއި އެހެނިހެން ބޮޑެތި ކުށްތަކަށް ދިވެހިންގެ މެދުގައި ނަންކިޔޭ ކުރީގެ ރައީސް ޔާމީން ތަންފީޒު ކުރަމުންދާ މަނީލޯންޑަރިންގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އިރު ނަމާދު އަޅާފައި ނިދަން އޮންނަކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

    ގައިދީންނަށް ލިބޭ ޕެރޯލް އަދި ކްލެމެންސީ ލުއި ދިނުމުގައި ވެސް ނަމާދު ކުރުމާއި ދީނީ ކަންކަމަށް ފަރުވާތެރިވާ އަހުލާގު ރަނގަޅު ގައިދީންނަށް ލިބޭ ޕޮއިންޓް އިތުރުވެއެވެ.

    އެހެން ނަމަވެސް ޔާމީން ޖަލުގައި އޮންނަ އިރު ނަމާދު ކުރުމާއި ގުރްއާން ކިޔެވުން ފަދަ ކަންކަމުގެ ބަދަލުގައި ގިނަ ވަގުތު ހޭދަ ކުރަނީ ކަންނެތް ކަމުގައި ކަމަށް ވެއެވެ.

    ވާނީ އެހެންތާއެވެ. ޖަލުގައި އެއޮތީ ދިވެހި މިނިވަންކަން ވިއްޔާއެވެ. ދިވެހިގައުމު ވިއްޔާއެވެ. ޔާމީނު ޖަލުގައި އޮތަކަސް ގައިއަޅާ ވޭނެއް ކެކުޅުމެއް އޮތީއެއް ނޫން ވިއްޔާއެވެ. ޔާމީނު ޖަލުގައި އޮވެގެން ވޭނެއް ކެކުޅުމެއް އެޅިއްޔާ އަޅަނީ ބަޅުކުކުގަ ވިއްޔާއެވެ.

    ޔާމީނު ޖަލުގައި އޮތުމަކީ ޔޫސުފްގެފާނު ޖަލުގައި އޮންނެވުން ފަދަކަމެކޭ ހީވާ ކަހަލައެވެ. އެކަމަކު ޔޫސުފްގެފާނު ވެސް ޖަލުގައި އޮންނެވިރު އަޅުކަން ކުރެއްވުމާއި އިސްތިގްފާރު ކުރެއްވުމުގައި ފިލާ ވަޑައިގަތުމެއް ނުވެއެވެ. ފުއްސެވުމުގައި ޔާމީނަށް ޔޫސުފްގެފާނަށް ވުރެވެސް ޔަގީންކަން ބޮޑީތާއެވެ.

    ގަދަވެ ސަލާމަތުން މިނިވަންކަމާއެކު އުޅުނުއިރުވެސް ތަންޑިޔާމާރުގައި ވެސް ހުކުރަށް ނުދާ މީހަކަށް ޖަލުގައި ކުރަން އޮންނާނީ ނިދުންނޫން ކޮންކަމެއް ހެއްޔެވެ. ސައްދާދުގެ ހެދި ގަނޑުވަރު ސައްދާދަށް ހުރަގެއަށް ވީ ގޮތުގެ އަނެއްކޮޅަށް ޔާމީނު ހެދި ޖަލުގޮޅި އެ އޮތީ ޔާމީނަށް ގަނޑުވަރަށް ވެފައެވެ. ދެފައި ދަމާ ނިދުން ނޫން ކަމެއް ކުރާނެ ކަމެއް ނެތްތާއެވެ. 

    އެހެނެއް ކަމަކު ޖަލުފަދަ މާހައުލެއްގައި ތިބޭ އުމުރުން ދުވަސްވީ ޔާމީނުމެން ފަދަ ފަރާތްތައް ހެލިފެލިވެ ހަރަކާތް މަދުވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަ ތަކަށް ދޭންވާ ސަމާލުކަން ދިނުމުގައި ހައްޔަރީން ގެންގުޅޭ ފަޜަތްތަކުން އެފަދަ ވަލްނަރަބްލް ފަރާތްތަކަށް ވަކި އުސޫލެއް ރާއްޖޭގެ ޖަލުގައި ހަމަޖައްސާ ދީފައި އޮންނަން ވެސް ޖެހެއެވެ.

    ]]>
    Mon, 06 Mar 2023 22:22:40 +0500 ހީރަސް
    ސާލިމް މަރަން ހުކުމްކުރި ގާޒީ ހައިކޯޓް ބެންޗަށް https://heerasnews.com/1108 https://heerasnews.com/1108 އދ. ދަނގެތީގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައިވާ އެ ރަށުގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 ފެބްރުއަރީ 2022 ގައެވެ. ގާތިލް ސާލިމް މަރަން ހުކުމް އިއްވީ ކްރިމިނަލްކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

    ގާޒީ ޝަކީލަކީ ބޮޑެތި މައްސަލަތަކުގައި ރަނގަޅަށް ފައިސަލާ ކުރުމަށްފަހު ހުކުމް އިއްވުމުގައި ޖެހެލުން ކުޑަ ގާޒީއެކެވެ. އާދަޔާ ހިލާފް ބޮޑެތި މައްސަލަތަކާ ގުޅިގެން އެކި ފެންވަރުގެ އިންޒާރުތައް ގާޒީ ޝަކީލަށް ލިބިވަޑައިގަންނަވައެވެ.

    ގާޒީ ޝަކީލް ބައްލަވާ ހުކުމް ކުރައްވާފައި ވަނީ ކުރީގެ ރައީސް ޔާމީނުގެ މައްސަލަ އެކަންޏެއް ނޫނެވެ. ހަނދުމަފުޅު އައުކޮށް ލައްވާށެވެ. ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އުފުލުނު ރިޝްވަތާއި މަނީލޯންޑްރިންގ ކުށް ސާބިތުވުމުން ނިޔާ ކަނޑަ އެޅުއްވި ހުކުމް ނޫނަސް ގާޒީ ޝަކީލް ވަނީ އެތައް މައްސަލައެއްގައި އެތައް ބަޔަކަށް ކުދި ބޮޑު ހުކުމްތައް ކުރައްވާފައެވެ. ނުރައްކާތެރި ބިރުހުރި ކިތަންމެ މައްސަލައެއް ގާޒީ ޝަކީލް ވަނީ ބައްލަވާ ހުކުމް ކުރައްވާފައެވެ.

    ނޮވެމްބަރު، 2015 ގައި  ހުސައިން ރަޒީން (ރަބަރޭ) މަރައިލުމަށް ފަހު ލަންކާގެ ސަރަހައްދަކަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގެ ޝަރިޢަތް ކުރެއްވީ ވެސް ގާޒީ ޝަކީލެވެ.

    ރައީސް ޔާމީނުގެ ވެރިކަމުގައި ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައެއް ތިލަވިއެވެ. ހިބަޅިދޫ ހަތިޔާރު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔެއްގެ މައްޗަށް ކުށްސާބިތުވިއެވެ. އަދީބާ ދެކޮޅަށް އުފުލުނު ހިބަޅިދޫ މައްސަލައިގައި އަދީބަށް ހުކުމް ކުރެއްވީވެސް ގާޒީ ޝަކީލެވެ.

    ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ދޮގު ތުހުމަތުގައި ގާސިމް އިބްރާހީމް އާއި ދެކޮޅަށް ޔާމީނު ސަރުކާރުން ދައުވާކުރިއެވެ. ނުފޫޒު ފޯރުވައިގެން ގާސިމް އިބުރަހިމްއަށް ހައްގު ނޫން އަދަބު ތަކެއް ދޭން ރައީސް ޔާމީނު ވެރިކަމުގައި ހުންނަވައިގެން މަސައްކަތް ތަކެއް ކުރެއްވިއެވެ. އެ ނުފޫޒުގައި އެ ފަހަރު ވެސް ގާޒީ ޝަކީލު ޖެހިވަޑައެއް ނުގަތެވެ.  ނަތީޖާއަކަށް ވީ ޔާމީނު ސަރުކާރުން ނުފޫޒު ފޯރުވައިގެން ގާޒީ ޝަކީލް ފެމެލީކޯޓަށް ބަދަލު ކުރުމެވެ. އެކަމުން އެނގިގެން ދަނީ ވަޒީފާގެ ބިރަށް ގާޒީ ޝަކީލަކީ އެއްވެސް އިރަކު އިންސާފުން އެއްކިބާވެ ވަޑައިގެން ބޭފުޅެއް ނޫންކަމެވެ.

    ހަރުކަށިކަމާއި އަނިޔާވެރިކަމާއި ޖެހެލުން ކުޑަކަމަށް ބަލާއިރު ކުރީގެ ރައީސް ޔާމީނަށް ވުރެ އަރާހުރި ވެރިއަކު މިގައުމު ނުދެކެއެވެ. ޔާމީނުގެ އަނިޔާވެރިކަމާއި ނުފޫޒަށް ބޯ ނުލެންބެވުނު ގާޒީއަކު މި ސަރުކާރަށް ބޯ ލެންބޭނީ ކިހިނެތް ހެއްޔެވެ.

    ގާޒީ ޝަކީލު ހައިކޯޓަށް ބަދަލުވެ ވަޑައިގަތީ ހުސްވެފައިވާ މަގާމަކަށް އެޕްލައި ކުރައްވައިގެން ގާނޫނީ ހަމައިންނެވެ. ވަކި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުން ކުރުމަކުން ނޫނެވެ. އަދުލުވެރިކަމާއި ގާބިލުކަން ހުރެގެންނެވެ.

    ސިޔާސީ ބޭނުމުގައި ޝަރުއީ ނިޒާމުގެ އިތުބާރު ކަނޑުވާލަން ޔާމީނުގެ ވަކީލުން ގޮތުގައި އުޅޭ މީހުން ޖުޑިޝަރީއަށް ދޭހަމަލާތައް ޖުޑިޝަރީން ހުއްޓުވަން ޖެހެއެވެ. ޖުޑިޝަރީއަށް އިތުބާރު ނުކުރެވޭއިރު އިންސާފް ހޯދުމުގެ ނަމުގައި ކޯޓު ތަކަށް ވަދެ ޑރ. ޖަމީލުމެން އާމްދަނީ ހޯދަން ބޭނުން ކުރާ ދަނޑުބިމަކަށް ކޯޓުތައް ހަދާ ހެދުން ނިމުމަކަށް ގެނުވަން އެބަޖެހެއެވެ. 

    ]]>
    Mon, 06 Mar 2023 17:47:03 +0500 ހީރަސް
    ގައިޑް ހަރަކާތުގެ ފަރުދީ އެންމެމަތީ އެވޯޑް ފަޒްނާއަށް https://heerasnews.com/1104 https://heerasnews.com/1104 ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާރލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑް މެޑަމް ފަޒްނާއަށް އަރުވައިފިއެވެ. ރައްޖޭގެ ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް މިއެވޯޑު އަރުވާފައި ވަނީ މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

    ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާރލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑް އަރުވާފައިވަނީ މެޑަމް ފަޒްނާ ގަރލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކޮށެވެ. އެ އެވޯދަކީ އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ ރާއްޖޭގެ ފަރާތަކަށް މިއެވޯޑް އެރުވުނު ފުރަތަމަ ފަހަރެވެ.

    ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ކެޓަގަރީން އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 5 ފަރާތަކަށް ލިބުނު އެ ރަސްމިއްޔަތުގައި އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 4 އޮގަނައިޒޭޝަނަކަށް ދީފައިވެއެވެ. 

    ރަސްމިއްޔަތުގައި ވޮރަންޓް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ޗީފް ގައިޑް މެޑަމް ފަޒްނާ އަހުމަދެވެ. ކޮމިޝަނަރ ސެޓްފިކެޓާއި ހިދުމަތުގެ އެވޯޑް އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ކޮމިޝަނަރ ނިއުމަތު ޝަފީގެވެ. މި ރަސްމިއްޔާތުގައި 5 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައިވާ 75 ފަރާތަކަށާއި، މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ހާސިލްކުރި 2 ފަރާތަކަށް ވެސް އެވޯޑް ދީފައިވެއެވެ.

    ]]>
    Sun, 05 Mar 2023 15:02:17 +0500 ހީރަސް
    އިގްތިސާދު ފުޅާވަމުން އަންނަ ވަރަށް އިންސާނީ ވަސީލަތެއް ނެތް https://heerasnews.com/1098 https://heerasnews.com/1098 އިގްތިސާދު އަހަރުން އަހަރަށް ފުޅާވަމުން އަންނަ ވަރަށް ރާއްޖެއިން އިންސާނީ ވަސީލަތް ލިބެން ނެތުމުން ހުރިހާ އިންޑަސްޓްރީތައް ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން އުފައްދާ ވަޒީފާގެ ބާޒާރު ކުރިއެރުވުމަށް މަސައްކަތް ކުރުމަށް  އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.

    އެކޮނޮމިކް މިނިސްޓަރ މިކަމަށް ގޮވާލެއްވީ މޯލްޑިވްސް ޓްރޭޑް ޔުނިއަންގެ "މަސައްކަތެރިންގެ ކޮންގްރެސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އަހަރުން އަހަރަށް ފުޅާވަމުން އަންނަ ވަރަށް ރާއްޖެއިން އިންސާނީ ވަސީލަތް ނުލިބުމަކީ ވިސްނަންޖެހިފައިވާ ކަމެއްކަމަށެވެ. އެކޮނޮމިކް މިނިސްޓްރީން ހިންގަމުން އައި ޖޮބް ސެންޓަރު ވަކި އޮފީހެއްގެ ގޮތަށް ބަދަލުކޮށް ހިންގަން ފެށި ފެށުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.

    ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން މަދުވުމުގެ ކަންބޮޑުވުން ވެސް އިގްތިސާދީ ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރު ކުރިއެރުވުމަށް، ހުރިހާ އިންޑަސްޓްރީތައް ގުޅިގެން މަސައްކަތް ކުރަންޖެހެނީ އެހެންވެގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

    މި ސަރުކާރުން ވަޒިފާއާއި ގުޅުންހުރި ކަންކަމުގައި ކުރު މުއްދަތެއްގެ ތެރޭގައި މުހިންމު ބަދަލުތަކެއް ހޯދައިދެވިފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެެވެ. މި ސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް ބާރުއެޅުއްވި އެއްކަމަކީ މަސައްކަތްތެރިންނާއި ރާއްޖޭގެ ވަޒީފާގެ ބާޒާރާއި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުންކަމަށް ވަޒީރު ވިދާޅުވިއެވެ. 

    ]]>
    Sat, 04 Mar 2023 11:11:58 +0500 ހީރަސް
    މަތީ ތައުލީމުދޭ މުއައްޒަފުންގެ ހާސްކަން ފިލުވާދީފި! https://heerasnews.com/1097 https://heerasnews.com/1097 މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުވައްޒަފުންގެ މުސާރަ މިހިނގާ މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެވަނީ ބޮޑުކޮށް ދެއްވާފައެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް  ސަރުކާރުން އެވަނީ ފާހަގަ ކޮށްލެވޭ ވަރުގެ ހެޔޮ ބަދަލެއް ގެނެސްދީފައެވެ. 

    ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިިކް ޔުނިވާސިޓީގެ އިތުރުން ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮ ނަތީޖާއެވެ. ރަނގަޅު ޒިންމާދާރު މީހުން އުފެއްދުމަށްޓަކައި ފުރަތަަމަ އެޅޭ ބިންގަލަކީ މީހުން ބިނާކުރާ މީހުނަށް އެކަމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރެވޭނެ ގޮތް ހަދާދިނުމެވެ. ދެކޮޅު ނުޖެހުމާއި ހާސްކަން ނެތް ބަޔަކަށް އެމީހުން ހެދުމެވެ. ސްކޫލް ދާއިރާ އާއި މަތީ ތައުލިމީ ދާއިރާގެ މުވައްޒަފުންނަށް މުސާރައަށް ހެޔޮ ބަދަލު ގެންނަން ނިންމީ އެހެންވެގެންނެވެ.

    ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިިކް ޔުނިވާސިޓީގެ އިތުރުން، ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެން މުސާރަ ލިބެނީ ރައީސް ސާލިހު ގެނެސްދެއްވި ހެޔޮ ބަދަލުތަކާއި އެކުގައެވެ. 

    ގެނެވުނު ހެޔޮ ބަދަލު 767 މުވައްޒަފަކަށް އަންނާނެއެވެ. މިކަމަށްޓަކާ އަހަރެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 62 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. މުސާރައިގެ ކުރިއެރުން ހަމަޖެހިގެން ގޮސްފައިމިވަނީ އޯވަރޓައިމް ނުލައެވެ. 

    ޔުނިވަރސިޓީ ލިބެމުން އައި މުސާރަ މުސާރައަށް އައި ހެޔޮބަދަލު
    ސީނިއަރ ލެކްޗަރަރ 20830.00ރ 34000.00ރ
    ލެކްޗަރަރ 18880.00ރ 29900.00ރ
    އެސިސްޓެންޓް ޕްރޮފެސަރ 23500.00ރ  39000.00ރ
    އެސޯސިއޭޓް ޕްރޮފެސަރ 26000.00ރ 45000.00ރ
    ޑީން 30000.00ރ 38000.00ރ
    ރަޖިސްޓަރަރ 32000.00ރ 42000.00ރ
    ޑެޕިޔުޓީ ވައިސް ޗާންސެލަރ 39000.00ރ 48000.00ރ
    ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަނަލްސް
    އެސޯސިއޭޓް ލެކްޗަރަރ 14700.00ރ 26000.00ރ
    ލެކްޗަރަރ 17000.00ރ 29000.00ރ
    ސީނިއަރ ލެކްޗަރަރ 17000.00ރ 34000.00ރ

    ]]>
    Fri, 03 Mar 2023 11:53:30 +0500 ހީރަސް
    ޕޮލިޓެކްނިކަށް އެކަނި ކުރިއަކަށް ނުދެވޭނެ: ހާޝިމް https://heerasnews.com/1092 https://heerasnews.com/1092 ވަޒީފާ ދޭ ފަރާތްތަކާ ނުލައި ޕޮލިޓެކްނިކް އެކަނި ކުރިއަށް ނުދެވޭނެ ކަމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވެއްޖެއެވެ. ޕޮލިޓިކްނެކް އިތުރަށް ކުރިއެރުވޭނީ ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ލިބިގެން ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.

    ސްޓެލްކޯގައި މި ވަގުތު ކޮލިފިކޭޝަނެއް ނެތި ފަންނީ ވަޒީފާތަކުގައި ތިބ މީހުންނަށް އިލެކްޓްރިކަލް އިންސްޓޮލޭޝަން ދާއިރާއިންނާއި އަދިވެސް ތަމްރީނަށް ބޭނުންވާ ކޮންމެ ދާއިރާއަކުން ޕޮލިޓެކްނިކުން ފުރުސަތު ދޭނެކަމަށް ހާޝިމް ވިދާޅުވި އެވެ.

    ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް މި މޭރުމުން ވާހަކަ ދެއްކެވީ ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން މަސައްކަތުގެ ދާއިރާއަށް މީހުން ތަމްރީންކުރަން ނިންމައި އެކަމަށް އެއްބަސްވި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައެވެ. 

    އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ހާޝިމެވެ. އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެދުނު ސްޓެލްކޯގައެވެ. 

    ވެވުނު އެއްބަސްވުމަކީ ސްޓެލްކޯގައި ހިންގާ އެކި އެކި ފަންނީ ދާއިރާތަކާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަަށް މީހުން ތަމްރީން ކުރުމަށާއި ޕޮލިޓެކްނިކްގެ އެކި އެކި ކޯސްތަކުގެ އަމަލީ ތަޖުރިބާ ސްޓެލްކޯގެ މުއައްޒަފުންނަށް ހޯދައިދިނުމުގެ މަގްސަދުގައި އެއްބަސްވި އެއްބަސްވުމެކެވެ.

    ސިއީއޯ ހާޝިމް ވިދާޅުވާ ގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުން އެންމެ ގިނައިން ރިކުއެސްޓްތައް ލިބެނީ އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ ދާއިރާއިންނެވެ.  އެހެންކަމުން ވަސީލަތްތައް ހުރި މިންވަރަކުން އެފަދަ ރިކުއެސްޓްތަކަށް އިސްކަން ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

    ޕޮލިޓެކްނިކުން ސްޓެލްކޯ އާއި މަޝްވަރާކޮށްގެން ތަމްރީނު ބޭނުންވަނީ ކޮންކޮން ދާއިރާ ތަކަކުންކަން ދެނެގަންނާނެއެވެ. ސްޓެލްކޯއިން ބޭނުންވާ ރޮގުތަކުން ދާއިރާތަކުން ތަމްރީނުތައް ކުރިއަރުވާ ހިންގާދޭން ޕޮލިޓެކްނިކް ތައްޔާރެވެ. މޯލްޑިވްސް ޕޮލިޓެކްނިކަަށް ބޭނުންވަނީ ފުރިހަމަ ސަޕޯޓެވެ.

    ]]>
    Wed, 01 Mar 2023 15:50:30 +0500 ހީރަސް
    ވެލާނާ ޕާކިންގ އިހުތިޖާޖު: ފަސާދައެއް https://heerasnews.com/1089 https://heerasnews.com/1089 ވެލާނާގެ ހުންނަ އަމީރު އަހުމަދު މަގުގައި ޕާކް ކުރުން މަނަލަސް ގިނަ ސައިކަލް ތަކަށް ޕާކް ކުރެވޭނެ ގޮތަށް ކުރީގެ ހުރަވީ ބިލްޑިންގ ހުރި ތަނުގައި ވަނީ ބޮޑު ޕާކިން ޒޯނެއް ހަދާދީފައެވެ. އެކަމަކު ސަރަހައްދަކީ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ސަރަހައްދަކަށް ވާތީ ޕާކް ކުރުމަށް ޖާގަ ނުލިބުމުގެ ޝަކުވާ ބޮޑެވެ. ވެލާނާގެއާއި، ދަރުމަވަންތަ ސްކޫލާ އިންވެގެން ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ބިމުގައި ވެސް ވަރަށް ގިނަ އުޅަނދު ޕާކް ކުރެއެވެ.

    މިވަގުތު އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށް ވަގުތީ ގޮތުން މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ޕާކިން އޭރިއާ ފެންސު ޖަހައި ބަންދު ކުރުމަކީ ޕާކިންގއަށް ޖާގަ ކުޑަވެގެން ދާނެކަމެއް ކަން ކުޑަ ކުއްޖާ ވެސް ގަބޫލު ކުރާނެއެވެ. އެހެނެކޭ ކިޔާފާ ވެލާނާގޭގައި ވަޒީފާ އަދަކުރާ މަދު މުއައްޒަފުން ކޮޅެއްގެ ފަޔަށް ހިނި އަރައިގެން އުޅެން ޖެހޭ ހެއްޔެވެ. އެވަރުގެ ހޭބުއްދި ނުވާ ބަޔަކަށް އެމީހުން ވަނީ ހެއްޔެވެ. އޮފީސްތަކުގައި ރައްޔިތުންނަށް އެމީހުން ހިދުމަތްތދެނީ އެންމެ ރަނގަޅަށް ހެއްޔެވެ. އެމިހުންގެ ފަރަތުން ދޭ ހިދުމަތުގައި ކޫރުމެއް ބޫރުމެއްވެސް ނެތީހެއްޔެވެ. ހަމަބުއްދި އިސްނުކުރާ ޒިންމާދަރު ކަމެއް ނެތް ބަޔަކު ނިކުމެ ޕާކް ކުރާނެ ތަނެއް ނެތް ކަމަށް ބުނެ އިހުތިޖާޖު ކުރީތީ އަންނަނީ ހިންޏެވެ.

    ޒިންމާދާރު މުއައްޒަފުންނަމަ ވަގުތު އޮއްވާ އޮފިހަށް އައިސް ތަން އޮތްތާ ގޮނޑި އަޅާނެއެވެ. ޖާގަ ލިބޭ ހިސާބެއްގައި ޕާކް ކޮށްލާފައި ހިނގާލާފައި ދިޔުމަކީ ވެސް އެފަދަ މުއައްޒަފުންނަކަށް މައްސަލައަކަށް ނުވާނެއެވެ. ޕާކިން ޖާގަ އިތުރު ކުރުމަށް ވަގުތީ ގޮތުން ދިމާވާ ދަތިތަކަށް ކެތް ނުކުރެވިގެން ކޮށިއަރައިގެން އުޅޭނީ އެހެން މަގުސަދެއް ހާސިލް ކުރުމަށެވެ.

    ވެލާނާގޭ ކައިރީގައި އޮތް ޕާކިން ޒޯން ބަންދުކުރީ އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށް ކަން ނޭގޭ މުއައްޒަފަކު ވެލާނާގޭގައި ވަޒީފާ އަދާކޮށެއް ނޫޅޭނެއެވެ. އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގޭނީ ކްރެއިން އެ ސަރަހައްދަށް ވައްދައިގެންނެވެ. އެހެންކަމުން އެ ސަރަހައްދު ބަންދުކުރަން ޖެހުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަޖުބޫރު ވެގެންނެވެ.

    ކުރީގެ ސަރުކާރުން ގާއިމް ކުރި އެ މެކޭނިކަލް ޕާކިން ސިސްޓަމަކީ ބޭނުމެއް ކުރެވޭ އެއްޗެއް ނޫންކަމުން އެނަގާ އެތަން ވެސް ޕާކިންގއަށް ބޮޑުކުރުމަށް ކުރެވޭ މަސައްކަތް އެނގިތިބެ އެއްބާރުލުން ދިނުމުގެ ބަދަލުގައި ކުރަން އެނގެނީ އިހުތިޖާޖެވެ. އެ ސިސްޓަމް ނެގުމަށް ފަހު، ވީހާވެސް އަވަހަށް ޕާކިންއަށް އެތަން ހުޅުވާލާނެ ކަންވެސް އިހުތިޖާޖުކުރި މުއައްޒަފުންނަށް ރަނގަޅަށް އެނގެއެވެ.

    ]]>
    Tue, 28 Feb 2023 19:35:30 +0500 ހީރަސް
    ގާސިމްގެ ވަރުހުރި މެސެޖެއް ނަޝީދަށް https://heerasnews.com/1086 https://heerasnews.com/1086 ސިޔާސީ ކަންކަމުގައި ބައެއް މީހުންނަކީ ހާދަ ޒާތެއްގެ ބައެކެވެ. ތިމާމެންގެ މަސްލަހަތާ ޖެހުމުން ކުރިއްސުރެ ހިފެހެއްޓި ހަމަތަކާއި އުސޫލުތަކަށް ކުޑަކޮށް ވެސް އިހުތިރާމެއް ނުކުރައްވައެވެ. އުސޫލުތަކާ ހަމަތަކަށް ބޯލަބައި ކިޔަމަން ގަންނަން ޖެހެނީ ތިމާމެން ނޫން އެހެން މީހުންނެވެ. 

    އީވާ އެވިދާޅުވަނީ ޑިމޮކްރެޓިކް ރީތި ހަމައިން އިންތިހާބުތަކުގައި ކަންކުރަންވާ ގޮތުގެ ވާހަކައެވެ. ކުރިއްސުރެ ރައީސް ނަޝީދު ވެސް ވަކާލާތު ކުރައްވާ ކުރިއަރުވާ ހެއްދެވީ އެއުސޫލެވެ. ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ފަހަތަށް ވަޑައިގެން އެކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް މުޅި ޕާޓީ އެކަތިގަނޑަކަށް ވުމަށް ބާރު އަޅުއްވާ ހެއްދެވީ އެންމެ ބޮޑަށް ރައީސް ނަޝީދެވެ. އެހެނެއް ކަމަކު މިސާލު ދައްކަވަން ލިބިވަޑައިގެން ފުރުސަތުގައި ރައީސް ނަޝީދުގެ އަމަލު ކުރައްވަނީ ޑިމޮކްރެޓިކް ރީތި ހަމަތަކުގެ ތެރެއިންކަން ނުވަތަ ނޫންކަން އެހާމެ ސާފެވެ. 

    ރައީސް ނަޝީދުގެ ބަސްފުޅުތަކާއި އަމަލުފުޅުތައް ޑިމޮކްރެޓިކް ރިވެތި ހަމަތަކާ ދެކޮޅަށް ފިސާރި ނޭއްގާނި ގޮތެއްގައި ބަހައްޓަވަމުންދާ ދަނޑިވަޅެއްގައި ރައީސް ނަޝީދު މި ދަނޑިވަޅު އެބޭފުޅަކަށް މާ ތައުރީފެއް ކުރައްވާ އެވަރެއް ނެތިގެން އުޅުއްވާ ގާސިމް އިބްރާހީމް ރައީސް ނަޝީދަށް ފިސާރި ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ. އަމިއްލަފުޅު ޕާޓީގެ މެންބަރުންނާ މުހާތަބު ކުރައްވާ ދެއްވި ނަސޭހަތެއްގެ ގޮތުގައި ރައީސް ނަޝީދަށް ވަރުހުރި މެސެޖެއް އެ ދެއްވެވީ ސަމާސާއަކަށް ނޫނެވެ. 

    ]]>
    Mon, 27 Feb 2023 16:53:08 +0500 ހީރަސް
    އެމްއެމްޕީއާރުސީ ހިޔާނާތުގެ ދައުވާ ލެފްޓިނެންޓް ކާނަލަކަށް https://heerasnews.com/1085 https://heerasnews.com/1085 އެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ މާފަންނު ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

    އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަނެއްގެ މަޤާމުގައިހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށު ތުހުމަތުގައެވެ. ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުން ކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލުމަށްވެސް އޭސީސީން ފޮނުވި މައްސަލާގައިވެއެވެ.

    އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލްގެ މަގާމުގައި މިހާރު ވެސް ހުންނެވި ނަވީނަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ އެއްލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އަށް އޭސީސީން އންގާފައެވެ. މިހާތަނަށް ކޮށްފައިވާ ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

    ]]>
    Mon, 27 Feb 2023 15:30:16 +0500 ހީރަސް
    ރައީސް ހޮވަން ކުރަންޖެހޭ ކަމެއް ކުރާނަން: ފައްޔާޒު https://heerasnews.com/1049 https://heerasnews.com/1049

    ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެ އެމްޑީޕީގެ ސްޓޭންޑް ސާފުކޮށް ދެއްވައިފިއެވެ. އެކަން ކުރުމަށް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން ޗެއާޕާސަން ފައްޔާޒު ދެއްވިއެވެ.

    ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުން ތަކެއް އެބަހުރި ކަމަށެވެ. ޑިމޮކްރެޓިކް ޕްރޮސެސްއެއްގެ ތެރެއިން ކަންކަން ނިމިގެންދާއިރު ހިޔާލު ތަފާތުވުންތައް ހުރުމަކީ ހިތާމަ ކުރައްވާ ކަމެކެވެ. ނަތީޖާއަށް އަންނަ ބަދަލަކާ ގުޅިގެން ހިތްހަމަނުޖެހުމަކީ އިންސާނީ ތޮބިއްޔަތެއްކަމަށް ފައްޔާޒު ދެކިވަޑައި ގަންނަވައެވެ. އެހެން އެކަން އޮތަސް ޕާޓީގައި އޮތް ސިސްޓަމް ކުރިއަށް ދާނެކަމަށް ޗެއަރޕާސަން ވިދާޅު ވިއެވެ. 

    ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެއްވުމަށް ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެކަމަށް ތަކުރާރުކޮށް ފައްޔާޒު ވިދާޅުވިއެވެ.

    އެމްޑީޕީ ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް ހުންނަވާނެ ކަމަށާއި ޕާޓީގެ ގަވާއިދުތަކާއި އެއްގޮތަށް އަބަދުވެސް ކަންކަން ކުރިއަށް ގެންދަވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

    ]]>
    Thu, 16 Feb 2023 13:52:48 +0500 ހީރަސް
    މެޑަމް ފަޒްނާއާއި އެކު އިންސްޕަޔަރ ދޮންފަނު https://heerasnews.com/1026 https://heerasnews.com/1026 ކަނޑުތަކާއި ތިމާވެށްޓަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ސޮނެވާ ނަމޫނާއިން "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ބާއްވަތާ ދެއަހަރެވެ. ދެވަނަ އިންސްޕަޔަރ ޝޯ މިއަހަރު ބޭއްވީ ބ. ދޮންފަނުގައެވެ. ޝޯ ޝަރަފްވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެދަމް ފަޒްނާ އަހުމަދެވެ.

    ގޮނޑުދޮށުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމުގެ އާދަ ދިރުވާ އާލާކުރާ ރައްޔިތެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގައި ދެކެވަޑައިގަތުމަށް މެދަމް ފަޒްނާ ބޭނުންފުޅުވެ ވަޑައިގަނެއެވެ. ކަނޑަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި ބޭއްވި 2 ވަނަ "ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ޝަރަފުވެރި ކޮށްދެއްވަމުން މެޑަމް  އެހެން ވިދަޅުވީ ކަމުގެ މުހިންމު ކަމުންނެވެ.



    "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް 2" ބޭއްވީ ދޮންފަނު ރަށު ކައުންސިލާއި ސޮނޭވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށެވެ. މި ފެސްޓިވަލުގައި ގޮނޑުދޮށާއި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއްގެ އިތުރުން ވޯޓަރ ޕޯލޯ މުބާރާތެއްވެސް ކުރިޔަށްގެންދިޔައެވެ.  އެކުވެރި ވާދަވެރި މާހައުލެއްގައި ރަށްފުށުގެ މުޖްތަމައުތަކުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދިނުމުގެ މަގުސަދުގައި "ޝޯ ޓު އޯޕަން ވޯޓަރ" ގެ ތެރޭގައި ވޯޓަރ ޕޯލޯ މުބާރާތެއް ބޭއްވިއެވެ. މުބާރާތުގެ ފައިނަލް މެޗު ފަށްޓަވައިދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

    ދަރަވަންދޫ، ދޮންފަނު، ކިހާދޫގެ އިތުރުން ކަމަދޫ އަދި ނ. އަތޮޅު ކުޑަފަރީން ބައިވެރިވި 253 ޒުވާނަކަށް ތަމްރީނު ދީފައިވާ ސޮނެވާ ނަމޫނާގެ އިންސްޕަޔަރ ޕްރޮގްރާމްގެ ދަށުން ދަސްވެނިވި ސްވިމިން އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރުންގެ ކާމިޔާބީ ފާހަގަކޮށް މެޑެލް ދިނުންވެސް ފެސްޓުވަލްގައި އޮތެވެ.

    ސްވިމިން އެންޑް ވޯޓަރ ރެސްކިއު ޕްރޮގްރާމްއަކީ ކަނޑުފަޅުތަކަށް ލޯބި ޖައްސާ އެ ތަންތަން ހިމާޔަތް ކުރުމުގެ އާދަ އަންނަން އޮތް ޖީލުތަކުގައި އަށަގެންނެވުމަށް ހިންގާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކޮށް، އިންސްޓްރަކްޓަރުން މެދުވެރިކޮށް މި ރަށްރަށުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދެވެއެވެ.

    "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް 2" ގައި އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަހައްދުގައި ސިމިއުލޭޝަން ޑްރިލް ކުރިއަށްގެންގޮސްފައިވެއެވެ.  ސޮނޭވާ ނަމޫނާ ޖަމިއްޔާއާއި ދަ މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލާއި ދޮންފަނު ރަށު ކައުންސިލާއި ރައްޔިތުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނަމޫނާ ސްވިމިންގ އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރސް ގުޅިގެންނެވެ.

    ސޮނޭވާ ނަމޫނާ ޖަމިއްޔާއިން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި ކަނޑުތަކަށް ލޯބިޖެއްސުމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކަށް ތައުރީފުކުރައްވަމުން ފަތަން ދަސްކުރުމާއި މީހުން ސަލާމަތް ކުރުމަށް މޫދުގައި ގެންގުޅޭނެ ސަލާމަތީ ހުނަރުތައް ދަސްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މެޑަމް ފަޒްނާ މި ފެސްޓިވަލްގައި އަލި އަޅުއްވާލެއްވިއެވެ.

    ]]>
    Sat, 11 Feb 2023 10:49:29 +0500 ހީރަސް
    މާލޭސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ ކޯޓަށް https://heerasnews.com/991 https://heerasnews.com/991 ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް މިކުންފުނިން މިއަދު ވާނީ ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފިއެވެ.

    އަނެއް ކޮޅުން މި މައްސަލައާއިމެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް ވެސް ހައިކޯޓުގައި ސްޓެލްކޯއިން ވާނީ އެދިފައެވެ.

    ]]>
    Thu, 02 Feb 2023 15:18:18 +0500 ހީރަސް
    ވޯޓުލުން ހުއްޓުވަން ތައްޔާރުވަނީ https://heerasnews.com/966 https://heerasnews.com/966 އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ނަތީޖާ މެންދުރުން އަނބުރާ އަސުރު ވާއިރު ރައީސް ނަޝީދާ އެއްކޮޅަށް ދާކަށް ޔަގީން ނުކުރެވޭ ނަމަ ވޯޓުލާ ސަރަހައްދު ތަކުގައި ހާޖާނު ހައްދާ ވޯޓުލުން ހުއްޓުވަން ރައީސް ނަޝީދުގެ ކެންޕޭނު ޓީމުން ރާވަމުން ދާކަމަށް މައުލޫމަތު ލިބިއްޖެއެވެ. 

    ކޮންމެވެސް މައްސަލައެއް ފެންމަތިކޮށް ތަން ހަލަބޮލިކޮށްލާ ވޯޓުލުން ހުއްޓުވުމަށް ރޭވެމުން ދާކަމަށާއި ވޯޓުފޮށި ފަޅާލަން ޖެހުނަސް ފާޅާލަން ކެރޭވަރުގެ މީސްމީހުންނާ ވާހަކަ ދައްކާ އެކަން ކުރުމަށް ފައިސާ ދެމުންދާކަމަށް ވެއެވެ.

    ޕްރައިމަރީ ތަކުގައި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ވޯޓު އޮޅުވާލާ ބޭނުންވާ މީހާ އަށް ޕްރައިމަރީ ކާމިޔާބު ކޮށްދިނުމުގައި ބޮޑެތި ވައްކަން ކޮށްފައި އެބަހުއްޓެވެ. ޝަކުވާތައް ކޮންމެ ފަހަރަކު ކެންޑިޑޭޓުންނާއި ސަޕޯޓަރުން ކުރެއެވެ. ޝަކުވާ ބެލުމެއްނެތި އޭރުގެ ޗެއަރޕަސަން ހަސަން ލަތީފާއި އީވާއާއި އީވާގެ ފިރިކަލުން އިންތިހާބުތައް އޮޅާލާފައި ހުރީ އެއް ފަހަރަކު ދެފަހަރަކު ނޫނެވެ.

    އެމްޑީޕީގެ ނައިބުރައީސް ހޮވުމަށް ސިއްޕެއާއި އަސްލަމް ވާދަކުރި އިންތިހާބު ސިއްޕެ ކާމިޔާބު ކުރީ ގަޑުކޮށް ފޮށި ތަކަށް ވަގު ވޯޓު އަޅާލައިގެންނެވެ. ލިސްޓެއްގައި ނަމެއް އޮތެއް ނުބަލައެވެ. އާއްމު މެންބަރުން އެކަންކަން ހަޖަމު ކޮށްގެން އެތައް އަހަރެއް ވަންދެން ތިބުމަށް ފަހު އެމްޑީޕީގައި އޮތް ގަބީލީ ބާރު ކަނޑުވާލުމުން ނިކުމެ، ކުރިން ވައްކަންކޮށްގެން އިންތިހާބުތައް އޮޅާލިހެން އެންމެންވެސް އެކަން ކުރާނެކަމަށް ހީވެދާނެއެވެ. 

    ރައީސް ސާލިހު ބޭނުންފުޅުވެ ވަޑައިގެން ނަމަ ޕްރައިމަރީ އަކަށް ނުގޮސް ރައީސް ސާލިހަށް ރިޔާސީ ޓީކެޓް ހޯއްދެވެން އޮތެވެ. ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހާއި ކޮންގްރަސްގައި އެކަމަށް އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް ރައީސް ސާލިހު އިހުތިޔާރު ކުރެއްވީ ޑިމޮކްރެޓިކް ގޮތެވެ. ރިޔާސީ ޕްރައިމަރީއެވެ. ކުރު މަގުން ރިޔާސީ ޓިކެޓް ލިބެން އޮވެ ނުހޯއްދަވާ ވޯޓު އޮޅުވާ ވޯޓުން ވައްކަންކޮށްގެން ރިޔާސީ ޓިކެޓެއް ހޯއްދަވަން ރައީސް ސާލިހު ބޭނުންފުޅެއް ނުވެއެވެ. 

    ]]>
    Sat, 28 Jan 2023 13:03:44 +0500 ހީރަސް
    ޑިސެމްބަރގެ އާމްދަނީގެ %70 އަކީ ޑޮލަރު https://heerasnews.com/958 https://heerasnews.com/958 މީރާއިން ހާމަކޮށްފައިވާ ކުއާޓަރލީ ރިވިއު ރިޕޯޓް ބުނާ ގޮތުން 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާބަލާއިރު %26 މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރގައި މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރެވެ. މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީގެ %70 އަކީ ޑޮލަރުން ލިބުނު އާމްދަނީއެވެ.

    2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބިފައިވަނީ 195.52 މިލިއަން ޑޮލަރެވެ. ހުސްވި އަހަރުގެ 4 ވަނަ ކުއާޓަރުގައި ޖުމްލަ 246.30 މިލިއަން ޑޮލަރު މީރާއަށް އާމްދަނީ ގޮތުގައި ލިބިފައިވެއެވެ. އެއީ 3.78 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ކުރީ އަހަރަށްވުރެ ހުސްވިއަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ %26 އިތުރެވެ. 

    2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެންމެ ގިނަ އަދަކަށް ޑޮލަރުން އާމްދަނީ ލިބިފައިވަނީ ޑިސެންބަރު މަހުއެވެ. އެގޮތުން، ޑިސެންބަރު މަހު ޖުމްލަ 135.95 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ދައުލަތަށް ލިބުނު 105.48 މިލިއަން ޑޮލަރާއި އަޅާބަލާއިރު %28.9 އިތުރު އަދަދެކެވެ.

    ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީ ނުވަތަ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްގެގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާތީއެވެ. ބިމުކުލީގެ ގޮތުގައި ވެސް ދައުލަތަށް ވަނީ ބޮޑު އަދަދަކުން އާމްދަނީ އިތުރަށް ލިބިފައިއެވެ. ހުސްވި 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ބިމު ކުލީގެ ގޮތުގައި ޖުމްލަ 20.53 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

    ]]>
    Thu, 26 Jan 2023 17:48:21 +0500 ހީރަސް
    ކިޔަވާދޭން ނިލަންދޫ ބެލެނިވެރިންތަކެއް ދެކޮޅު! https://heerasnews.com/923 https://heerasnews.com/923 ކުރާނެ އެހެން ކަމެއް ނުފެނިގެން ޕީޕީއެމުން ފ. ނިލަންދޫ ސްކޫލުގެ ބެލެނިވެރިން ލައްވާ ހަޅުތާލެއް ފެއްޓުވުމުން ސަރުކާރާއި އެޑިޔުކޭޝަން މިނިސްޓްރީ އެ އޮތީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. ޕީޕީއެމް ޔާމީނު ވެރިކަމަށް ގެނައުމަށް ފަސާދަ ނުއުފައްދާ ވަކި ކަމެއް ނެތެވެ. ރަނގަޅަށް ހިނގަހިނގާ ހުންނަ ކާމިޔާބު ސްކޫލުތައް ވެސް ހަލާކޮށް ކުދިންގެ ތައުލީމާއި ތަރުބިއްޔަތު ފުނޑުފުނޑު ކޮށްލުމަށް ވެސް ގައްދާރުން އެތިބީ ފެންބޮވާފައެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. ފ. ނިލަންދޫ ސްކޫލު ކުދިންނޫނީ ހެނދުނު 6.50 އަށް ސްކޫލަށް ކުދިންގެންދަން ޖެހޭ އެއްވެސް ސްކޫލެއް ރާއްޖޭގައި ނެތް ކަހަލައެވެ. ފ. ނިލަންދޫ ބެލެނި ވެރިން ނޫނީ ކުދިން ސްކޫލަށް ލާފައި ހެނދުނު ވަޒީފާއަށް ދާ އެހެން ބަޔަކުވެސް ނޫޅެނީތާއެވެ. ހަވީރު ހަތަރެއްގެ ފަހުން އިތުރު ގަޑީގެ ކްލާސްތައް ނުބާއްވައިގެން ކަންބޮޑުވާ ބަޔަކު މި ނޫނީ ރާއްޖެއަކު ނޫޅެއެވެ.

    ހަރުދަނާ ރަނގަޅު ނިޒާމަކުން ނިލަންދޫ ސްކޫލު ހިނގަމުން ދާތީ ޕީޕީއެމް ގޮނޑިކޮއްކޮއިންގެ ބަޔަކު ލައްވާ އެތަން ފާލުން ނައްޓާލަން ޕީޕީއެމެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. ހެނދުނު ދަރިން މަދަރުސާއަށް ގެން ދިޔުން ބުރަވެގެން ބެލެނިވެރިންނެއް ނޫޅޭނެއެވެ. ގަދަ ދިހަޔަކުން އެތައް ދަރިވަރުންނަށް ޖާގަ ލިބެނީ ރަނގަޅު ތަރުތީބެއްގައި ސްކޫލުން ކުދިންނަށް ތައުލީމު ދެވޭތީއެވެ. އެކަމާ ބެލެނިވެރިން ކަންބޮޑުވެގެން ދަރިންގެ ތައުލީމަށް ހުރަސް އަޅަން ނިކުންނާނީ ހާދަ ގޮތެއް ފޮތެއް ނެތިގެންނެވެ.

    މުޒާހަރާ ކުރަން ނިކުމެ ކުރާ ޑިމާންޑަކީ ދެއުޅި އެއްނުވާ ޑިމާންޑެކެވެ. ހެދުނު ކުދިން ސްކޫލަށް ގެންދަން ޖެހުމާއި ހަވީރު ކިޔަވާދޭ ކްލާސްތައް ނުބޭއް ވުމަކީ ބެލެނިވެރިން ނިކުމެ މުޒާހަރާ ކުރަންޖެހޭ ކަމެއް ކަމަކަށް ބުއްދި ގަބޫލެއް ނުކުރެވެއެ.

    ވީހާ ވެސް ހެނދުނަކާ ސްކޫލު ފަށައިގަނެ މެންދުރުން އަނބުރަން ވާއިރަށް ކުދިންގެ ސްކޫލުގަޑި އެއް ދަންފަޅިން ނިންމާލުމަށް މުޅި ރާއްޖެ ބާރު އަޅަމުން ދާއިރު ފ. ނިލަންދޫ ބަޔަކު އެ ނޫން ގޮތަކަށް އުޅެން ދިމާ ކުރުމުން އެ މީހުންގެ އިހުލާސްތެރިކަމާއި ނިޔަތުގެ ތެދުކަމާ މެދު ސުވާލު އުފެދެއެވެ. ފ. ނިލަންދޫ ސްކޫލު ދޮށަށް އެއްވެ ކުދިންގެ ތައުލީމަށް ހުރަސް އަޅަން އެ އުޅެނީ ހަގީގަތުގައި ވެސް ބެލެނިވެރިން ބާވައެވެ. ނުނީ ސިޔާސީ ފަސާދައިގައި ޖެހި ހަފުސްވެފައިވާ ޕީޕީއެމްގެ ގޮނޑި ކޮއްކޮއިން ކޮޅެއް ނޫންބާވައެވެ.

    ]]>
    Wed, 18 Jan 2023 15:24:13 +0500 ހީރަސް
    ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގެންފި https://heerasnews.com/914 https://heerasnews.com/914
    ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެވަޑައިގެންފިއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގަތުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި އެމް.އެން.ޑީ.އެފްއިން ގަރޑް އޮފް އޮނަރއެއް ވެސް އަރުވާފައިވެއެވެ.
    ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަކީ 1985 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ކުރީގެ އަސްކަރީ ކޮމާންޑަރެކެވެ. އެ މަނިކުފާނަކީ ކެމްބޯޑިއާގެ ވެރިކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި އަދި ދުނިޔޭގެ ނިސްބަތުން ވެސް ގައުމެއްގެ ލީޑަރެއްގެގޮތުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރައްވާ އެއް ލީޑަރެވެ. އެ ގޮތުން އެ މަނިކުފާނު ކެމްބޯޑިއާގެ ބޮޑުވަޒީރުކަން ކުރައްވާތާ މި އަހަރަށް 38 އަހަރު ވާނެއެވެ.
    ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމާއި، ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާ ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާއެވެ.
    ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
    ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާ ކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
    ދިވެހިރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 21 ސެޕްޓެމްބަރު 1995 ގައެވެ. މިއަހަރު ދެގައުމުގެ ގުޅުމަށް 28 އަހަރު ފުރޭނެއެވެ.
    ]]>
    Sun, 15 Jan 2023 11:55:19 +0500 ހީރަސް
    މާބޮޑަށް ރިއެކްޓް ކުރުމުން ނަތީޖާ ސަޅި ނޫން: ހިސާން https://heerasnews.com/880 https://heerasnews.com/880 ހަމަތެދެކެވެ. މާ ގަދައަށް "ރިއެކްޓް" ކުރުމުން ވެރިކަން ވެއްޓޭގޮތް ވެއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނީ ވެސް މާގަދައަށް ރިއެކްޓް ކުރުމުންނެވެ. ރައީސް ޔާމީނަށް ދެވަނަ ދައުރު ނުލިބުނީވެސް މާ ގަދައަށް ރިއެކްޓް ކުރުމުންނެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރޭގައި ވެލިދޫގައި އެ ވިދާޅުވީ އެ ވާހަކައެވެ. 

    ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވަމުން ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ ކުރެއްވުމަށް ރައްދު ދެއްވާ ނ. ވެލިދޫގައި ބޭއްވި "އިބޫ 2023" ޖަލްސާގައި ހިސާން ވިދާޅުވީ ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ މާގަދަ ކަމެއް ނޫން ކަމަށެވެ. މާ އަވަހަށް އަދި މާ ބޮޑަށް ރިއެކްޓް ކުރުމުން ނިކުންނަ ނަތީޖާ އެހާ "ސަޅި" ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

    ހަމަ ތެދެކެވެ. ހިސާން ވިދާޅުވާހެން ބައެއް ފަހަރު މާ ބޮޑަށް ރިއެކްޓް ކުރުމުން ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަން ކުރަންޖެހޭ ހާލަތު ވެސް އާދެއެވެ. އަނެއްބައި ފަހަރު މާ ގަދައަށް ރިއެކްޓް ކުރެއްވީމަ ވެރިކަން އެބަ ވެއްޓިގެންދެއެވެ. ކުއްލި ނުރައްކާގެ ހާލަތު އިއުލާން ނުކޮށް ވެރިކަން ނުހިފެހެއްޓޭ ހާލަތަށް ދެއެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ދަމާ ކޫއްތާ ނެރެން ޖެހެއެވެ. 

    އާދޭހެވެ. ކުއްލި ކުއްލިއަށް ކުރާ ރިއެކްޝަން ތަކުގެ ނަތީޖާ އަކީ ރައްޔިތުން މަގުމަތިވުމެވެ. ރައްޔިތުންނަށް ޖެހެނީ މަގުމަތީގައި ގަނަތެޅޭށެވެ. 7 ފެބްރުއަރީ 2012 ގެ ފަހުން ފާއިތުވި ހަތް އަހަރު ހިސާންގެ ދުވަސް ފެށެނީ ހައްޔަރީންގެ ލިސްޓުން ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ފާއިތުވި ހަތަރު އަހަރު ދުވަހު ހިތް ފަސޭހަކަން ހޯދާދީފައިވާ ކަން ހިސާން ކަށަވަރުކޮށް ދެއްވިއެވެ. 

    "އިބޫ 2023" ވެލިދޫ ޖަލްސާގައި އުސްތާޒާ ހިސާނު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އަލުން އަނބުރާ މަގުމައްޗަށް ދާން ބޭނުންނުވާ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން އެތައް ގުރުބާނީއެއް މަގުމަތީގައި ވެއްޖެ ކަމަށެވެ. މިއަދަކީ ހަމަޖެހިގެން ހިންދަމާލައިގެން ދިރިއުޅެވެން އޮތް ދުވަސް ކަމަށެވެ. ގައުމު ހަލަބޮލިކޮށް އަލުން އަނބުރާ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ވަންނަން އެމްޑީޕީ ބޭނުންނުވާ ކަމަށެވެ.

    ]]>
    Sun, 08 Jan 2023 12:41:12 +0500 ހީރަސް
    ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް https://heerasnews.com/879 https://heerasnews.com/879 ކުރިއަށްއޮތް ރިޔާސީ އިންތިހާބު ރައީސް ސާލިހު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމާމެދަކު ޝައްކެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސަލިހަށް އެކަން ކަށަވަރުވެ ވަޑައިގަންނަވައެވެ. އެމްޑީޕީ ޕްރައިމަރީ ކެމްޕޭންގައި ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ވިދާޅުވީ ސަމާސާއަކަށް ނޫނެވެ. ވަރަށް ސާބިތުކަމާއި ޔަގީން ކަމާއެކުގައެވެ. ރައްޔިތުން އެއްބުރުން ހޮވާދީ ހިންގެވުމަށް ހަވާލުކުރާ ސަރުކާރު ދަމަހައްޓައި ދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮވެއެވެ.

    އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ތަފާތު ފިކުރުތަކުގެ މީހުންނާއިއެކު ސަރުކާރެއް އުފެއްދުމުގެ ވިސްނުން ހުރި މީހަކަށެވެ. އެ ވިސްނުން ހުރި އެ ފަދަ ތާއީދެއް އޮތް މީހަކީ ރައީސް ސާލިހެވެ.

    ރައީސް ވިދާޅުވާ ގޮތުން އެކަން ކުރެވެން އޮތީ ތަފާތު ފިކުރުތައް އެއްކޮށް އުފެއްދޭ ސަރުކާރެއް އުފެއްދުމުގެ ވިސްނުމެއް ހުރި މީހަކަށެވެ. އެފަދަ ތާއީދެއް އޮތް އެމްޑީޕީ މީހަކީ ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި އެ މަނިކުފާނެވެ.  " އެކަން ކުރެވޭނެ މީހަކަށް މި ޕާޓީގައި ހުރީ އަޅުގަނޑު.” ރައީސް ވިދާޅުވިއެވެ.

    ރައީސް ގެންދަވަނީ އެކަން މިހާތަނަށްވެސް ސާބިތު ކޮށްދެއްވަމުންނެވެ. ހަމަ އެހެންމެ ރައްޔިތުން އެކަން ގަބޫލު ކުރެއެވެ. ގިނަ ބަޔަކާއިއެކު ނުކުމެ ވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ނިންމެވުމަށް ފަހު ރއީސް ސާލިހު އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ކޯލިޝަނެއް އެކުލަވާ ލެއްވުމެވެ.

    ]]>
    Sun, 08 Jan 2023 02:42:47 +0500 ހީރަސް
    މުއައްޒަފުން މަސައްކަތުގާ ތިއްބާ މަޖުބޫރުން މުޒާހަރާއަށް https://heerasnews.com/866 https://heerasnews.com/866

    މާލެ ސިޓީކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހަރާކަތް ހިންގުމަށް މާލޭ ސިޓީ ކައުންސިލުގެ މުއައްޒަފުން ނުހަމަ ގޮތުގައި ބޭނުން ކުރަން ފަށައިފިއެވެ. ޕީޕީއެމުން ރާވައިގެން މާލޭގައި ހިންގާ ހަރާން އެއްވުން ތަކުގެ ތެރެއިން ރޭ އެއްވި އެއްވުމުގައި ގާނޫނާއި ހިލާފުވެ ފުލުހުންނަށް ނުކިޔަމަންތެރިވި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުއިއްޒު ހިމެނެއެވެ.

    މުއިއްޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން މާލެސިޓީ ކައުންސިލްގެ މުއައްޒަފުން ތަކެއް ރަސްމީ މަސައްކަތުގެ ވަގުތުގައި ކައުންސިލްގެ މަސައްކަތު ޔުނީފޯމުގައި ތިބެ މާލޭގައި ހުންނަ ޕޮލިސް ކަސްޓަޑީ (އަތޮޅުވެހި) ކައިރިއަށް އެއްކޮށް މުޒާހަރާ ކުރުވާ މުއިއްޒު ދޫކޮށްލުމަށް ގޮއްވައިފިއެވެ.

    މުއިއްޒު ދޫކޮށްލަން ގޮވާ ކުރި ހަރާން މުޒާހަރާގައި ގިނައިން ބައިވެރިވެފައި ވަނީ މާލޭގެ އާއްމު ސަރަހައްދު ތަކުން ކުނި ނެގުމަށް ވެމްކޯއާއި ވެފައިވާ އެއްބަސްވުން އައުނުކޮށް އެ ސަރަހައްދުތަކުން ކުނި ނެގުމުގެ ނަމުގައި އަލަށް ސިޓީކައުންސިލުން މުއިއްޒު ވަޒީފާ ދީގެންގެން ގުޅޭ މުއައްޒިފުން ކަމަށް އިތުބާރު ހުރި މަސްދަރު ތަކުން މައުލޫމާތު ދެއެވެ.

    ރޭ ފުލުހުންގެ ބެލުމުގެ ދަށަށް މުއިއްޒު ދިޔައީ ދުރާލާ ރޭވިގެން ކަމަށާއި ޔާމީނު ދޫކޮށްލުމުގެ ނަމުގައި ހިންގާ އެއްވުން ތަކަކީ ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ފައިނަގައިގެން މުއިއްޒާއި ގައްސާނު އިސްވެ ހިންގާ ހަރަކާތެއް ކަމަށްވެއެވެ.

    މާލޭ އިޖުތިމާއީ ސަރަހައްދުން ކުނި ނެގުމުގެ މަސައްކަތުގައި ތިބި މުއައްޒަފުންގެ ރަސްމީ މަސައްކަތް ހުއްޓުވާ ކުނި ނުނެގިޔަސް އަތޮޅު ވެހި ދޮށަށް ގޮސް މުއިއްޒު ދޫކޮށްލަން ގޮވާ ރަސްމީ މަސައްކަތުގެ ޔުނީފޯމުގައި ހަޅުތާލު ކުރަން ނިކުތުމަށް ސިޓީ ކައުންސިލުން މުއައްޒަފުންނަށް އަންގާ އަތޮޅުވެހި ދޮށަށް ފޮނުވީ ކަމަށް އެ ކަމުގައި ބައިވެރިވި ބައެއް މުއައްޒަފުން ހީރަސް ނިއުސްއަށް މައުލޫމާތު ދީފައިވެއެވެ.

    ]]>
    Wed, 04 Jan 2023 06:05:30 +0500 ހީރަސް
    ފެނަކަ: އައު އަހަރުގެ ތަހުނިޔާ https://heerasnews.com/856 https://heerasnews.com/856 މީލާދީ އާ އަހަރުގެ އިހުލާސް ތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފެނަކައިން ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާއަށް އަރިސްކޮށްފިއެވެ. ހަމަ އެ އާއި އެކު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވެސް އައު އަހަރުގެ ތަހުނިޔާ ފެނަކަ ކޯޕަރޭޝަނުން ފޮނުވައެވެ.

    2023 ވަނަ އަހަރަކީ ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުމަކީ ފެނަކައިގެ ދުއާއެވެ. 

    ފެނަކަ ކޯޕަރޭޝަނަކީ ކަރަންޓާ ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާ ހިންނަމުން އަންނަ ކުންފުންޏެކެވެ. ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ވ، އއ، އދ، ކ އަދި މަލެ ސިޓީ ފިޔަވާ އެހެން ހުރިހާ ސިޓީއަކާއި އަތޮޅު ތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެނީ ފެނަކައިންނެވެ. 

    ]]>
    Sun, 01 Jan 2023 18:39:22 +0500 ހީރަސް
    ސްޓެލްކޯ: އައު އަހަރުގެ ތަހުނިޔާ https://heerasnews.com/855 https://heerasnews.com/855 މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ސްޓެލްކޯއިން އެންމެހާ ކަސްޓަމަރުންނަށާއި، އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކޮށްފިއެވެ. ސްޓެލްކޯއިން އައު އަހަރުގެ ތަހުނިޔާ ފޮނުވާފައިވަނީ އެކުންފުނިން ކުރި ޓްވީތްއަކުންނެވެ.

    ސްޓެލްކޯގެ ދުއާ އަކީ މި ފެށޭ އައު އަހަރަކީ ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އަދި އުފާފާގަތި އަހަރަކަށް ވެގެންދިއުމެވެ. 

    ސްޓެލްކޯއަކީ ގްރޭޓް މަލޭ އޭރިއާއަށް ކަރަންޓްގެ ހިދުމަތް ފޯރު ކޮށް ދިނުމާއި މާލެއަތޮޅާއި އަރިއަތޮޅާއި ފެލިދެއަތޮޅުގެ ހުރިހާ ރަށަކަށް ފެނާ ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުންޏެވެ. އިޖުތިމާއީ ޒިންމާގެ ދަށުން އިހުތިސާސްގައިވާ ރަށްރަށުގެ އެހެނިހެން ހިދުމަތްތައް ދިނުމުގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް ބޮޑެވެ. 

    ]]>
    Sun, 01 Jan 2023 17:56:40 +0500 ހީރަސް
    ސްޓެލްކޯ ޑީއެމްޑީ އަޒްވަރު އއ ގެ ބައެއް ރަށްރަށަށް https://heerasnews.com/844 https://heerasnews.com/844
    ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ރަށްރަށުގެ ކަރަންޓުގެ ހާލަތު ގާތުން ބަލާ ހިދުމަތް ދިނުމަކީ އެކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. ސްޓެލްކޯގެ އިސްވެރިން އެރަށްރަށަށް ވަޑައިގެން ރަށްރަށުގެ ހާލަތު ބައްލަވާ އެވަގުތަކަށް ކޮށްދެއްވެން ހުރި ކަންކަން ގެންދަވަނީ ކޮށްދެއްވަމުންނެވެ.

    ސްޓެލްކޯއިން ތަކުރާރުކޮށް ހިންގާ މި ޕްރޮގްރަމުގެ ދަށުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު އިއްޔެ ވަނީ އއ. އަތޮޅުގެ ފެރިދޫ އާއި މާޅޮސް އަދި ހިމަންދޫއަށް ވަޑައިގެންފައެވެ. ޑރ. އަޒްވަރުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި، ޑަބްލިއުޑީސީ އާއި ބައްދަލު ކުރައްވާ ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުދެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ.

    އެ މަޝްވަރާތަކުގައި އެ ރަށްރަށުގައި ޖަމާއަތުގެ ފެންވަރުގައި ހިނގަމުންދާ އިޖުތިމާއީ ކަންކަމަކީ ކޮބައިތޯ ބައްލަވާ އިޖުތިމާއީ ޒިންމާގެ ދަށުން އެކަންކަމުގައި ސްޓެލްކޯއިން ވެދެވިދާނެ އެހީތެރި ކަމަކީ ކޮބައިކަން ވެސް ސާފުކު ރެއްވިއެވެ. 
    ]]>
    Thu, 29 Dec 2022 11:19:06 +0500 ހީރަސް