Maldives Real Time Facts & : އިދިކީލި https://heerasnews.com/rss/category/ކުށުވެށި Maldives Real Time Facts & : އިދިކީލި dv ކޮޕީރައިޓް: Heerasnews llp (P013622021) ނަޝީދަށް: ކުރިން އެކުގައި ނުކުރިކަމެއް މިހާރަކު ނުކުރެވޭނެ! https://heerasnews.com/2439 https://heerasnews.com/2439

ދިވެހި ރާއްޖޭގެ ކުރި މަގެއް އޮތްކަން ޑިމޮކްރެޓުންނަށް އިހުސާސްވީ އަދި ކިރިޔާ ހެއްޔެވެ. ކެނެރީގޭ ނަޝީދު ނޫން މީހަކު އެމްޑީޕީން ވެރިކަން ކުރާތައް ދެކެން ހަޖަމު ނުވެގެން އުޅުނު އިރު އެބުނާ ގައުމާއި ކުރިމަގު އޮތީ ކޮންތާކު ހެއްޔެވެ. ދަ ޑިމޮކްރެޓްސަށް ގައުމުގެ ކުރިމަގު އޮތްކަން އެނގުނީ މަޖިލީހުން އެންމެ ގޮނޑިއެއް ނުލިބި ހުޅުނބު ފޭބީމާ ހެއްޔެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު އެއްގަލަށް އެރުވުމުގެ ވާހަކަ އަލީ އާޒިމުމެން ދެއްކީމާ ލަވަނީ ހޮޑެވެ. އެމްޑީޕީއަށް ގައުމު ބަދަލުކޮށްލަން ލިބުނު ރަނުގެ ފުރުސަތު ގެއްލުނީ ތިޔަ ބުނާ ނަޝީދަކަށް ވެރިކަމުގެ ބާރުތައް ހޯދާދޭން ރައީސް ސޯލިހުގެ ސަރުކާރު ހަވަރަށް ދީގެން ނޫން ހެއްޔެވެ. ދިވެހި ވެރިކަމަކީ ކެނެރީގެ ނަޝީދު ނޫން މީހަކަށް އޮވެގެން ވާނެ އެއްޗަކަށް އޭރަކު ނުވެއެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ބާރުތައް ފިރުކައި ގަންނަށް ނަޝީދުމެން ނުކުރަނީ ކޮންކަމެއް ހެއްޔެވެ. 

އެމްޑީޕީއަށް އޮތް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނަޝީދު އުޅުނީ ވެރިކަމުގެ ބަރުތައް އަތަށް ކަހާލާށެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލައިގެން ބޮޑުވަޒީރުކަން ހޯދާށެވެ. އެކަމަށް ރައީސް ސޯލިހު އެއްބަސް ނުވުމުން ކެނބު ކެނޑިގެން ނުއަތަށް އެނބުރެގަންނަ ސަރަކައެއްހެން ނަޝީދު އެނބުރިގަތީ ރައީސް ސޯލިހާ ދެކޮޅަށެވެ. ދެނަކާ ދެނެއްނެތެވެ.

އެމްޑީޕީގެ އިސް ސަފުން ރައީސް ސޯލިހަށް ވާގިވެރިވީ ކޮންމެ މީހެއްގެ އިއްޒަތުންނަފުސު ވެއްޔާ މޮޑެލިއެވެ. އެމްޑީޕީގެ ވެރިކަން ދިފާއު ކުރަން މަސައްކަތްކުރި ކޮންމެ މީހަކީ ބޯވަޔަށް މީދަލަށް ވާލަށް ހެދިއެވެ. ރައީސް ސޯލިހު ސަރުކާރުން ރާއްޖޭގައި ހިންގި ތަރައްގީގެ ކޮންމެ ކަމަކީ ކޮރަޕްޝަން ކަމަށް ސިފަކޮށް ނަޝީދާ ބައިވެރި ނުވި އެމްޑީޕީ ކޮންމެ މީހަކީ ވަގަކަށް ހެދިއެވެ. އެމްޑީޕީގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިނދެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ވަގު ތުހުމަތު އަޅުވާ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދިއެވެ. 

ކޮވިޑްގެ ހާލަތުވެސް ނަޝީދު ބޭނުންކުރީ ރައީސް ސޯލިހުގެ މަގުބޫލުކަން ގެއްލުވާލާ ވެރިކަން އަތްމައްޗަށް ފުރޮޅާލަން ބޭނުންކުރި ހަތިޔާރަކަށެވެ. ދެކުނު ކަނޑުގެ އިގްތިސާދީ ސަރަހައްދުގެ އިމުގެ މައްސަލަ އިޓްލޮސްއިން ހަމަޖެެއްސި ހަމަޖެއްސުން ވެސް ނަޝީދު ރައްޔިތުންނަށް ސިފަކޮށްދިނީ ކަނޑު ވިއްކާލުމުގެ ގޮތުގައެވެ. ރަށްރަށުގެ ބަނދަރާއި ފެނާ ނަރުދަމާ ގާއިމު ކުރުން ނަޝީދު ސިފަކުރީ އިސްރާފާއި ކޮރަޕްޝަނުގެ ގޮތުގައެވެ. އެންމެ ފަހުން ނަޝީދު މަރާލަން އުޅުމުގެ ތުހުމަތުވެސް ސަރުކާރަށާއި ރައީސް ސޯލިހަށް ކުރީއެވެ.

ސަރުކާރާ ދެކޮޅަށް ޕެޓިޝަނާއި ގަރާރުތައް ހުށަހަލުވައިގެން މަޖިލީހުގެ ތެރޭގައި ނަޝީދު ކުރުވި ކަމަކީ ރައީސް ސޯލިހުގެ ވަރަ ކޮށާލުމެވެ. އިދިކޮޅަށްވުރެ އިދިކޮޅުވެގެން އިދިކޮޅާ ގުޅިގެން އައުވާނުންނާއެކު އެމްޑީޕީން ނިކުމެ ދިމާކުރީ އެމްޑީޕީ ރޫޅާލާށެވެ. އިބޫ ނޫން ގޮތެއް ހޯދާށެވެ. 

ރިޔާސީ އިންތިހާބުގައި ހުރީ މުއިއްޒު އަތުގައި ހިފައިގެން އިބޫނޫން ގޮތެއް ހޯދަން ނިކުމެއެވެ. ހުތުރު ބައްޔަކުން ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސް ބަލިވުމުން ވެސް ހޭނާރާ ދެވަނަ ބުރުގައިވެސް ނިކުމެތިބީ އެމްޑީޕީ ނޫން ގޮތެއް ހޯދާށެވެ. ނަޝީދު ނެގިނެގިފައި ޖެހުމުންވެސް ރިޔާސީ އިންތިހާބުގައި އެއްލައްކަ ނުހާހަށްވުރެ ގިނަ ވޯޓު އެމްޑީޕީ ހޯދީ ނަޝީދަށް އެމްޑީޕީ ރޫޅާ ނުލެވުނީމައެވެ. 

ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް ވެރިކަމުގެ ހައްދެއް ނެތް ނުފޫޒާއި މިލިޔަނުން އެޅިހާ ފައިސާއާއި ދެކޮޅަށް އެމްޑީޕީން 59000 ވޯޓު ހޯދީ އެމްޑީޕީ ގަދަކޮށް އޮތީމައެވެ. އެހާލަތުގައި ވެސް. ނަޝީދު ދިމާކުރީ އެމްޑީޕީއާއެވެ. ފާރަވެރި މަޖިލިސް ބޮލަށް ލައިގެން ދަ ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއްވެސް ނުލިބި ވީބައްޔެވެ. ޑެމްސަށް ގޮނޑިއެއް ނުލިބި އެމްޑީޕީއަށް މަޖިލީހުން ބާރަ ގޮނޑި ލިބުމުންވެސް ނަޝީދުގެ މަގުބޫލުކަން ގައުމުގައި ނެތް މިންވަރު ސާފުވެއެވެ. 

ދާއިރާގައި ރަސްކަން ކުރަމުން އައި އިންތިއާއި އަލީ އާޒިމާއި އީވާމެން ބަލި ބުޅާގަޑަކަށްވުރެ ބަލިވީމާ ނަޝީދޭ ސޯލިހޭ އެއްގަލޭ އެމްޑީޕީއޭ މިހާރަކު ކިޔާނެކަމެއް ނެތެވެ. ވެރިކަމުގައި އެމްޑީޕީ އޮތްއިރު ރައީސް ސޯލިހާއެކު ކުރާނެ ސިޔާސީ މަސައްކަތެއް ނެތް ނަޝީދަކަށް މިހާރަކު ރައީސް ސޯލިހާއެކު ކުރާނެ ސިޔާސީ މަސަކަތެއް ނޯންނާނެއެވެ. .

]]>
Wed, 01 May 2024 13:42:51 +0500 ހީރަސްނިއުސް
އަދުރޭގެ ޅެމަކީ އަނިޔާގެ ދައުވަތު ކާޑެއް https://heerasnews.com/2437 https://heerasnews.com/2437 ވަކި މީހެއްގެ ވާހަކަ ނުބުނެ މުއިއްޒުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުއްލާ މާ ވަރުގަދަ ޅެމަކުން ޅެމުގެ ފަރުވާއެއް މިއަދު އެކްސްގައިޕޯސްޓް ކޮށްފިއެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެޅެމުން ނަސޭހަތްތެރި ވެފައި ވަނީ ކުރީގެ ރައިސް ޔާމީނަށެވެ. "އަރަފާ"ގެ ނަސޭހަތް ކަމުގައި ސުރުހީ އަޅައިގެން  ހަދާ ޝާއިއު ކުރި ޅެމުގެ ރައްދުގައި މިއޮތީ ރަނގަޅު ޅެމުގެ ފަރުވާއެކެވެ. 

]]>
Tue, 30 Apr 2024 19:39:12 +0500 ހީރަސްނިއުސް
މުއިއްޒުގެ ދީނީ ސަރުކާރުން މަރަށް މަރުހިފާކަށް ނުކެރޭނެ! https://heerasnews.com/2436 https://heerasnews.com/2436 ސަމާލުކަމަށް: މިލިޔުމަކީ މިނޫހުގެ https://heerasnews.com/2434 ގެ ތަކުރާރުކޮށް ލުމެކެވެ.
އެމްޑީޕީ ސަރުކާރު ލާދީނީ ވެގެން ކަންތައް ތަކެއް ނުކުރި ކަމަށް ބުނެ ބޮޑެތި ތުހުމަތުތައް ވެރިކަމަށް އަންނަން ވެގެން މުއިއްޒުމެން ކުރިއެވެ. ވެރިކަން އޮތީ ދީނީ ބައެއް ކަމަށް ދެއްކިގެން އުޅުނު މުއިއްޒުމެން އަތުގައެވެ. 
20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ސަރުކާރު ބޭނުންނަމަ، މިޤައުމުގައި ނުކުރެވޭނެ އެއްވެސް ކަމެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒު ބޭނުވެގެން ކުރަން އުޅޭކަމެއް ނުކުރެވި އޮތުމަކަށް ބަހަނާއެއް ހުއްޖަތެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒުގެ ދީނީ ސަރުކާރުން ދީނީ ކަމެއް ކުރާކަށް އެއްވެސް ހުރަހެއް މިހާރަކު ނުއޮންނާނެއެވެ. 
އަންނަނިވި ބައެއް ކަންކަމަކީ ދީނީވެގެން އުޅޭ މީހުން ރާއްޖޭގައި ތަންފީޒުނުވާތީ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ބައެއް ކަންކަމެވެ. ރައީސް މައުމޫނާ ދެކޮޅަށްވެސް އެންމެ ބާރަށް ދެއްކިވާހަކަތަކެވެ. އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ ކިޔާ ތަސްބީހަތަކެވެ. 
  • ބަނގުރަލާ އޫރުމަސް ވިއްކުން ހުއްޓުވުން
  • ރިބާގެ މުޢާމަލާތް ހުއްޓުވުން
  • ރިބާ ނަގާދިނުމަށް ހުކުން ކުރުން ހުއްޓުވުން.
  • މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން.
  • އިސްލާމީ ޝަރީއަތާ އެއްގޮތަށް ޢަދުލަށް ހުކުމް ކުރުން.
  • ޝަރުއީ ހައްދު ގާއިމުކޮށް މަރަށް މަރުހިފުން.
  • ސްޕާތައް ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުން.

ބުނެވި ދިޔަ ކަންކަމަކީ ދައުލަތުން އަތްގުޅި ނުކާވަރު ހޭދަތަކެއް ނުކޮށްވެސް ކޮށްލެވެން ހުރި ކަންކަމެވެ. ގާނޫނުތަކާއި އުސޫލުތަކަށް ގެނެވޭ ބަދަލު ތަކަކުން ތަރުތީބުވެ ތަންފީޒު ކުރެވޭނެ ކަންކަމެވެ. ބޭނުންވާނީ ކެރުމެވެ. ހިތްވަރެވެ. 

ދީނަށް ލޯބިކުރާ މާއްދިއްޔަތަށް އަޅުވެތިނުވާ ލާދީނީ ކަމެއް ނެތް ސަރުކާރަކުން ކޮށްލާކަށް އެއިއްޔަކީ ބޮޑެތިކަންކަމެއް ނޫނެވެ. މުއިއްޒުމެން ބުނާ ލާދީނީ ސަރުކާރު ތަކަށް ކުރަން ނުކެރުނަސް މުއިއްޒުގެ ދީނީ ސަރުކާރަށް ވެސް އަތްކަނޑާކަށް ނުކެރޭނެއެވެ. ގިސާސް ހިފާކަށް ނުކެރޭނެ. ހައްދު ގާއިމު ކުރާކަށް ނުކެރޭނެއެވެ. މަޖިލިސް ލިބިގެން ނިކަން ރަނގަޅަށް މުއިއްޒު ސަރުކާރުން  އިސްލާމީ ޝަރީއާ ތަންފީޒު ކޮށްލަބަލާށެވެ.

]]>
Mon, 29 Apr 2024 19:57:05 +0500 ހީރަސްނިއުސް
ސްޕަރ މެޖޯރިޓީ އޮތަސް މުއިއްޒަކަށް ނުވާނެ! https://heerasnews.com/2433 https://heerasnews.com/2433 އެމްޑީޕީ ސަަރުކާރަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބި ރައްޔިތުން ބޭނުންވި އެއްވެސް ކަމެއް ކުރެވުނު ކަމަކަށް ނުވިއެވެ. ޕީއެންސީ ވެރިކަމަށް އައިސް އެންމެ ބާރަށް ދެއްކީ އެވާހަކައެވެ. މަޖިލިސް މަޖިލީހުގެ މެޖޯރިޓީ ނުލިބި ކަންކަން ނުކުރެވޭނެ ވާހަކައެވެ. ރައްޔިތުންގެ ހެވާލާބައަށް ހަދަން ޖެހޭ ގާނޫނުތައް މަޖިލިސް ނުލިބި ނުހެދޭނެ ވާހަކައެވެ. އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރު ހިންގަން ދަތިކުރާ ވާހަކައެވެ. އެމްޑީޕީއަށް މެޖޯރިޓީ ދީފިއްޔާ ރައީސް އަޒުލް ކުރާނެ ވާހަކައެވެ.
ކިތަންމެ ރަނގަޅަކަށްވެސް ރައްޔިތުން ސަރުކާރުގެ އަޑު އަހައިފިއެވެ. ޕީއެންސީ ސަރުކާރަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ދީފިއެވެ. ގާނޫނު އަސާސީ އިސްލާހުކުރަން ވިޔަސް ފަސޭހަކަމާއެކު އެކަން ކުރެވޭވަރުގެ ބިޔަ ސްޕަރ މެޖޯރިޓީއެއް ރައީސް މުއިއްޒަށް އެއޮތީ ދީފައެވެ.  
މުއިއްޒު ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ނޫނެވެ. ސައްތައިން ސައްތަ މުއިއްޒު ސަރުކާރެކެވެ. މުއިއްޒު ސްޕީޑްގައި ނުކުރެވެނެ އެއްކަމެއްވެސް ނުއޮންނަވަރުގެ ސްޕަރމެޖޯރިޓީއެއް އެއޮތީ ދީފައެވެ. ސަރުކާރުގެ ތެރޭގައިވެސް އެއްވެސް އުނދަގުލެއް ނެތެވެ.

މިހާރުގެ ސަރުކާރަށް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް ފޯރުންތެރި އަބުރުވެރި ދިރިއުޅުމެއް ހޯދާދެވެން ޖެހޭނެއެވެ. ހާސްކަމެއް ނެތި ދިވެހިން އުޅޭނެ މާހައުލު ކަށަވަރުކޮށް ދޭނެއެވެ. ވަންޏާ ނިކަން މިކަންކަން ކޮށްލަބަލާށެވެ.

  • މުސާރައިގެ ބޭއިންސާފު ނައްތާލުން.
  • ވަޒީފާގެ ހަމަހަމަކަން ޤާއިމު ކުރުން.
  • ބޭސްފަރުވާއަށް ސަލާންޖެހުން އެއްކޮށް ނައްތާލުން.
  • ބޭސްފަރުވާއަށް އެހީހޯދަން، މެމްބަރަށް ގުޅަން ނުޖެހުން.
  • އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން.
  • ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ނުކުރެވިގެން ސޯޝަލް މީޑިއާގެ އޮޅިތަކުގައި ސަލާން ނުޖެހުން. 
  • ބިދޭސީންގެ މައްސަލަ ޙައްލު ކުރުން.
  • މަސްތުވެގެން ހުންނަ މީހަކު މަގުމަތިން ނުފެނުން.
  • ފަޤީރުކަން ނައްތާލުން.
  • ޑޮލަރުގެ ކަޅުބާޒާރު ނައްތާލުން. 
  • ކަރަންޓުގެ އަގު ހެޔޮ ކުރުން.
  • ލަފާފުރުމުގެ ހުރިހާ ދަތިކަމެއް ނައްތާ ލުން.
  • ފެނާ ނަރުދަމާގެހިދުމަތް ނެތް ރަށެއް ނުބޭއްވުން.
  • ކަރަންޓް ހިދުމަތް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭނުންވާ ވަރަކަށް ހޯދާދިނުން.
]]>
Mon, 29 Apr 2024 14:39:49 +0500 ހީރަސްނިއުސް
އަދުރޭ ސައިޒްކޮށްލާ ދުވަސް ކައިރިވެއްޖެ! https://heerasnews.com/2426 https://heerasnews.com/2426 ޑރ. މުއިއްޒަކީ ދަނޑިވަޅުބަލާ އެނގަކުރި ހިފަން މޮޅު މީހެކެވެ. ކަމެއް ހާސިލު ކުރަން އެހިނދަކަށް ކުރަންޖެހޭ ކަމެއް ކުރެވުނީމާ އެނިމުނީއެވެ. ކަޅުއޮށު ބަނޑުދަށުގައި ބޮޑުވާ ކޮރަކައްޔެކޭ މުއިއްޒެކޭ ތަފާތެއް ނުހުރޭ ނޫން ހެއްޔެވެ. އަދާލަތުން އެމްޑީއޭއިން ޕީޕީއެމުން ޕީއެންސިއަށް އައިސް ވެރިކަން ހޯދީ ވެރިކަމާ މުއިއްޒާ ދެމެދަށް އެރީ ދޮންއަމާވެސް ގުރުބާން ކޮށްފައެވެ. އިމްރާނާއި ސިޔާމާއި ޔާމީނު ގިއްގަޅުވާލަން ކެރުނު މީހަކަށް އޮންނާނީ ކޮން އަދުރޭއެއް ހެއްޔެވެ. އަދުރޭވެސް ދެން ޖެހޭނީ ސައިޒްވާށެވެ.

މުއިއްުޒަށް ވެރިކަން ހޯދާ މަޖިލިސް ހޯދުމަށް އަދުރޭ މުހިންމު ވިޔަސް އެކަން އެނިމުނީއެވެ. ރައީސް ވިދާޅުބަސް މަޖިލިސް މެންބަރުންނަށް އިއްވާނެ މެދުވެރިއެއް ނުހުންނާނެ ކަމަށް މެންބަރުން ގާތު މުއިއްޒު ބުނި ބުނުމުން އަދުރޭގެ ސައިޒު އެނގިގެން ދެއެވެ. އަދުރޭ މެންބަރެއްގެ ގާތުގައި ކަމެއް ވަކި ގޮތަކަށް އޮތް ވާހަކަ ބުންޏަސް އެވާހަކަ ގަބޫލު ނުކުރުމަށް ކުރިޔާލާ މުއިއްޒު އެއޮތީ އިރުޝާދު ދީފައެވެ. އެއިން ބުނެ އެދިނީ މުއިއްޒަށް އެހެން މެންބަރަކާ އަދުރޭގެ ތަފާތެއް ނެތްކަމެވެ. 

އަލަށް އިންތިހާބުވި މަޖިލިސް ހުވާކުރުމާއެކު މުއިއްޒުގެ އިސްވަޒީރުކަން އަދުރޭއަށް ގެއްލޭނެއެވެ. އެހިސާބުން ސަރުކާރުގެ އެތެރޭއާއި އަދުރޭއާ އޮތް ސީދާ ގުޅުން ކެނޑިގެން ދާނެއެވެ. ރައީސް އޮފީހުގައި އަދުރޭގެ އެއްވެސް ހައިސިއްޔަތެއް ބާރެއް ނުއޮންނާނެއެވެ. 

މަޖިލިސް ހުވާކުރުމާއެކު މަޖިލީހުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބުކުރުން އޮންނާނެއެވެ. މަޖިލީހުގެ ރައީސް ކަމުގެ ހުވަފެނަކީ ވަރަށް ކުރިއްސުރެ އަދުރޭ ދެކެމުން އަންނަ ހުވަފެނެކެވެ. އަދުރޭގެ ހުވަފެން ހަގީގަތަކަށް ވުމަކީ ބުޅާ ހައްޖުވުން ކަހަލަ ކަމެކެވެ. މަޖިލީހުގެ ރައީސް ކަމަކީ އަދުރޭއާ އަރާއަރަފޯދިގެންވާ ކަމެއް ނޫންކަން އެންމެ ބޮޑަށް އެނގޭނީ ވެސް މުއިއްޒަށެވެ. 

މަޖިލީހުގެ ރައީސް ކަމަށް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ އަހުމަދު ނާޒިމް އިސްކޮށް އަދުރޭގެ ވަކިތަކުން ސަރުކާރު މިންޖު ނުކުރިއްޔާ ރައީސް މުއިއްޒަކީ މުއިއްޒެއް ނޫނެވެ. ޓޫރިޒަމް ވަޒީރުކަމުގައި އަދުރޭގެ ދަރި ބަހައްޓައިގެން ސަރުކާރު ބަރަހަނާ ވާތަން ބަލަން މުއިއްޒެއް ނުހުންނާނެއެވެ. އާރާބާރު ހޯދާ ދަމަހައްޓަން އަދުރޭގެ ފަރާތުން މުއިއްޒަށް ބޭނުންވާ އިތުރު އެއްޗެއް ނުއޮންނާނެއެވެ. ކުރަން ބޭނުން ކަމެއް އަދުރޭއާއި ހެދި ނުކުރެވިފައި ހުންނާކަށް މިހާރަކު ނުޖެހޭނެއެވެ. އަދުރޭ ރުހޭ ނުރުހޭ ބަލައިގެން އުޅެން ޖެހުނު ވަގުތު ހިނގައްޖެއެވެ.

]]>
Thu, 25 Apr 2024 17:06:05 +0500 ހީރަސްނިއުސް
އެމްޑީޕީ 12މެންބަރުން މަޖިލީހުގާ ތަޅާނީ ނަކަހެއްނޫން! https://heerasnews.com/2424 https://heerasnews.com/2424 ރާއްޖޭގައި ސިޔާސީ އިސްލާހީ ހަރަކާތް 2005 ގައި ފެށުނުއިރު މަޖިލީހުގެ މެޖޯރިޓީ ބޮޑުކޮށް އޮތީ އޭރުވެރިކަމުގައި ހުންނެވި ރައީސް މައުމޫނަށެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރި ހާއްސަ މަޖިލީހުގައި 113 މެންބަރުން ތިބިއިރު އިސްލާހީ ހަރާކަތުގެ ތިބީ 12 ވަރަކަށް މެންބަރުންނެވެ. 

ވެރިކަމުގެ އާރާބާރުގައި މައުމޫނު ހުންނަވަނިކޮށް ހިފެހެއްޓިފައިވާ އެތައް ހައްގެއް ހޯދީ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލު މައުމޫނު އަތްޕުޅުގައި އޮއްވައެވެ. ސިޔާސީ ޕާޓީ ހަދާ ހިންގުމުގެ ގާނޫނީ ބާރު ހޯދިއެވެ. 18 އަހަރުން މައްޗަށް ވޯޓުލުމުގެ ހައްގު ހޯދިއެވެ. ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދިއެވެ. އެއްވެއުޅުމާއި މުޒާހަރާ ކުރުމުގެ ހައްގު ހޯދިއެވެ. އެނޫންވެސް އެތައް ހައްގެއް ހޯދީ މަޖިލީހުގެ ސްޕަރމެޖޯރިޓީ އޭރުގެ ރައީސަށް އޮއްވައެވެ. މަޖިލީހުގައި ތިބީ އެންމެ 12 މެންބަރުންނެވެ. 

އޭގެ ފަހުން ވިއްސަކަށް އަހަރު ނުވަނީސް އިސްލާހީ ހަރަކާތުގެ 12 މެންބަރުންނާއެކު އަނެއްކާވެސް ހައްގުތައް ކަށަވަރުކުރަން މިއޮތީ ޖެހިފައެވެ. އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. އެމްޑީޕީއަށް މެޖޯރިޓީ އޮވެގެން ރައިސް އިބޫ ހިތުހުރި ގޮތަކަށް ކަންކަން ނުކުރިޔަސް ޕީއެންސީގެ ސްޕަރ މެޖޯރިޓީ މަޖިލިސް ވެގެން ދާނީ ރައިސް މުއިއްޒުގެ ޑިކްޓޭޓަރޝިޕް ކަށަވަރު ކޮށްދޭ ބާރަށެވެ. ހައްދެއްނެތް މިންވަރަށް ބާރާއި އިހުތިޔާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒަށް ހޯދާ ދޭނެއެވެ. މަޖިލީހުގެ ރުހުން ހޯދަން ނުޖެހި ބޮޑެތި ގިނަ ކަންތައް ތަކެއް ކުރުމަށް ގާނޫނީ ބާރު ދޭނެއެވެ. ސަރުކާރުން ހުށަހަޅާހާ ކަމެއް ދެވަނަ ވިސްނުމަކަށް ނުގޮސް ފާސްކޮށް ތައްގަޑުޖަހާ ދޭނެއެވެ. 

ރައީސް މުއިއްޒު ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް މަޖިލީހުގެ ތެރެއިން ފާސްކޮށްދީ ސިއްކަ ޖަހަމުން ދާއިރު އެމްޑީޕީގެ 12 މެންބަރުން ތިބޭނީ ނަކަސްތަޅާކަށް ނޫނެވެ. ކަށީގެ މަދަށް އެމީހުން ހިތްވަރު ކުރާނެއެވެ. އެހެނަސް ސަރުކާރު ޖަވާބުދާރީ ކުރުމަށް އެމްޑީޕީގެ 12 މެންބަރުން ނަކަސްނުތަޅާ މަޖިލީހުގެ ތެރޭގައި ކަމެއް ކުރެވޭނީ އެއްރޫހެއްގައި ގިނަ ބަޔަކު ސީދާ ހަރަކާތަށް ނިކުމެގެންނެވެ. ސަރުކާރުން ދައްކާ ނަނާ ހުވަފެނުގައި ނުޖެހި އެއްވާނަކަށް ހައްގުބަސް ބުނެ އަޑު އުފުލައިގެންނެވެ. 

މަޝްވަރާއާއި ޑިމޮކްރޭޓިކް ހަމަތައް ގަބޫލު ނުކުރާ ޑިކްޓޭޓަރެއްގެ ފުށުން ރަނގަޅަކަށް އުންމީދު ކުރާނީ މޮޔައެކެވެ. ނިކަން ދެކޭށެވެ. އަދި މިއުޅެނީ މަޖިލިސް ހޮވާ ދާއިމީ ނަތީޖާ އިއުލާނު ނުކޮށެވެ. އެކަކަށް ދެ މަގާމާ ދެ މުސާރަ ދޭން ކަނޑައެޅީއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖޭންސީ (އެންސްޕާ)ގެ ސީއީއޯ ކަމުގައި ހީނާ ވަލީދު ބަހައްޓައިގެން ރައީސް އޮފީހުގެ އިސްތަރުޖަމާނު ކަމަށް ހީނާ ވަލީދު އިސްކުރީއެވެ. މިޒާތުގެ ކިތަންމެ ފިލްމެއް އަދި ފެންނާނެއެވެ. 

ގޯތިތަކާއި ފްލެޓް ތަކަށް ހަދާނީ ހަދާނެ އެއްޗެކެވެ. ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ސިޓީ ކައުންސިލް ތަކުގެ ބާރު މުޅިން ކަނޑުވާލާ އިންތިހާބީ ބަޔަކު ތިބޭ ތިބުން ނިމުމަކަށް ގެންނާނެއެވެ. މިނިވަން މުއައްސަސާ ތަކަކީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި އަނިޔާތައް ފޮރުވާދޭ ތަންތަން ކަމަށް ހަދާނެއެވެ. ފަނޑިޔާރުގެއަކީ ސަރުކާރުން ބޭނުންވާ މީހުންގެ މައްޗަށް އުގޫބާތް ކަނޑައަޅަން ހުންނަ ތާކަށް ހަދާ ނިންމާނެއެވެ. ހައްގާ އިންސާފަކީ ރައީސް މުއިއްޒު ކަމުގާ މީހުން ގަބޫލުކުރާ ވަރަށް މުއިއްޒު މުގައްދަސްކޮށް ހުދު މުހުތާރުވެރި ކަމުގެ ހުރިހާ ސިފައެއް ލާފުރާ ފުރިހަމަ ކުރާނެއެވެ.

ސަރުކާރު ޖަވާބު ދާރީކުރުން ސަރުކާރާ ހަވާލު ކުރުމުން ނުވެނުދާނެ ހުރިހާ ގޮތެއް މިފަހަރު ވާނެއެވެ. ކެވުނު ވިހައިގެ އިހުސާސް ވާނީ މުޅި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ވިހައިގެ އަސަރު ފޯރީމައެވެ. ފޫނާއްޓެއްގެ ލޮލުން ތިމާގެ ދުނިޔެ ބަލާ ކޮންމެ މީހަކަށް އޭނާގެ ދުނިޔެ ފެންނާނީ ނާށީގައި ލޯޖެހުމުން ފެންނަ ހިސާބެވެ. 

]]>
Wed, 24 Apr 2024 16:28:57 +0500 ހީރަސްނިއުސް
ޕީއެންސީގެ ކާމިޔާބީއަކީ ސިހުރެއް! https://heerasnews.com/2418 https://heerasnews.com/2418 ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމަކީ އައުކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަނީ ސަރުކާރެއް ހޮވުމަށްފަހު އޭގެފަހުން ހަމަސް ދުވަސް ނުވަނީހެވެ. އެހެން ކަމުން އައު ސަރުކާރަށް ސަރުކާރުގެ ހުރިހާ އާރަކާ ބާރެއް ހޯދުމުގެ ފުރުސަތު ސަރުކާރު ހިންގާ ޕާޓީއަށް ލިބިގެން ދެއެވެ. ނަތިޖާއެއްގެ ގޮތުން މަޖިލީހުގެ ކޮންޓްރޯލު ސރުކާރަށް ލިބިގެން ދެއެވެ. 

2013 ގައި ރައީސް ޔާމީނުގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށެވެ. 2019 ގައި އެމްޑީޕީ ވެރިކަމަށް އައުމުން މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. 2023 ގައި ޕީއެންސީ ވެރިކަމަށް އައުމުން ޕީއެންސީއަށް ސްޕަރ މެޖޯރިޓީ ބޮޑުކޮށް ރައްޔިތުން ދިނީއެވެ. 

ރައީސް ޔާމީނު ވަނީ އެ ވާހަކަ ކުރިޔާލާ ވިދާޅުވެފައެވެ. ސަރުކާރަށް މަޖިލީހުން ގިނަ ގޮނޑިތަކެއް ހޯދާނެ ކަމަށް ދާދިފަހުން ރައިސް ޔާމީނު އޮތީ ވިދާޅުވެފައެވެ. ރައީސް ޔާމީނު ވިދާޅުވިހެން ސަރުކާރަށް މަޖިލީހުން ގިނަ ގޮނޑިތަކެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް ޕީއެންސީގެ މި ފަހަރުގެ ކާމިޔާބީއަކީ ސިއްސައިގެން ދާވަރުގެ ކާމިޔާބީއެކެވެ.

ޕީއެންސީ ވެރިކަމަށް އައިގޮތާއި ރައީސް މުއިއްޒާއި މެދު ރައްޔިތުން ދެކެމުން އައިކަމަށް ބެލެވުނުހާ ކަންކަމުން ޕީއެންސީގެ ކާމިޔާބީ ސިހުރެއް ކަމަށް ނުބުނެވޭ ވަރެއް ނޫނެވެ. މަތިމައްޗަށް ހަދަމުން ދިޔަ ދޮގުތަކާއި ބަހަމުން ދިޔަ ސިޔާސީ މަގާމުތަކާއި ދިންހާ އާދައިގެ ވަޒީފާތަކާއި ހުއްޓިފައިވާ މަޝްރޫއުތަކާއި ނުދީ ހިފަހައްޓަމުން ދިޔަ ގޯތިތަކާއި ފްލެޓް ތަކަކީ މުއިއްޒަށް ބާރުދިނުމަށް ރައްޔިތުން ނުރުހުނު ކަންކަން ކަމަށް ބެލެވުނެވެ. އެކަންކަމުގެ ސަބަބުން މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ލިބިދާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި އެތައް ބަޔަކު ރޭހުން ފަހަތަށް ޖައްސާ ސަރުކާރު ތާއިދު އެހެން ބަޔަކަށް ދިން ދިނުމުން އުފެދުނު ބައިބައިވުމުން ސަރުކާރަށް މަޖިލިސް ގެއްލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. އެކަމަކު ނަތީޖާ ލިބިގެން އައީ ހަމްދު ސޮލަވާތް ކިޔަވަން ނޭނގުނަސް މުއިއްޒުގެ ކެންޑިޑޭޓް މަޖިލީހަށް އިންތިހާބު ވެގެންނެވެ. 

ސަރުކާރާމެދު ކިތަންމެ ބޮޑު ނުރުހުމެއް ފާޅުކުރަމުން ގިނަބަޔަކު ދިޔަނަމަވެސް މުއިއްޒު ބޭނުންހާ ގޮތަކަށް ގާނޫނު އަސާސީ ބަދަލުކޮށް އެހެނިހެން ގާނޫނުތައް ބައްޓަންކޮށް ހެދުމަށް ސަރުކާރުގެ ރަބަރުތައްގަޑަކަށް ރައްޔިތުންގެ މަޖިލީސް އެއޮތީ ހަދާދީފައެވެ. ރައްޔިތުންގެ މަޖިލިސް މުއިއްޒުވީ ވުމަށް މަރުހަބާ ކިޔަމެވެ.   

]]>
Mon, 22 Apr 2024 17:30:04 +0500 ހީރަސްނިއުސް
މުއިއްޒު އިސްތިއުފާދީ! ޔާމީނަށް އިންތިހާބެެއް ހޯދާދީ! https://heerasnews.com/2413 https://heerasnews.com/2413 ދިވެހި ތާރީހު ދެކޭނެ ވެރިކަމުގެ އުމުރު އެންމެ ކުރުމީހަކަށް ޑރ. މުއިއްޒު ވުން ނުވުމަށްވުރެ ކައިރިއެވެ. ވެރިއެއްގެ ކިބާގައި ހުންނަންޖެހޭ ކެތްތެރިކަމެއް އޯގާތެރި ކަމެއް މުއިއްޒުގެ ގަޔަކު ނެތެވެ. ހިކުމަތްތެރިކަމާއި ތެދުވެރިކަމެއް ވެސް ނެތެވެ. ރޯމާ ދުވާލު ހަދަނީ ބުހުތާން ދޮގެވެ. ކައްޒާބުގެ ނަމުން މީހުން ނަންކިޔަނީ ކިޔަން ވެގެންނެވެ. 

ވާދަވެރިންނަށް ރައްދު ދިނުމުގައި ހަމައެއް ލަމައެއް ނެތެވެ. ބުނާކަށް ނުބުނާކަށް ވަކި އެއްޗެއް ނޯވެއެވެ. އުނބަށް ޖެހުމުގައި ވެސް ދެވަނައެއް ނެތެވެ. އެއްކޮޅަސް އިދިކޮޅަސް ރައީސް މީހާ ކޮންމެ ރައްޔިތަކަށް އެއް ހަމަޔަކުން ދެކެން ޖެހެއެވެ. ރައްޔިތުންގެ ތެރޭން ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ރައްދުދީ ޖަދަލު ކުރުމަކީ ރައްޔިތުންގެ ވެރިއެއްގެ ސިފައެއް ނޫނެވެ. ފެންނަ ފެނުމަށް ދިވެހީންގެ ރައީސް ކަމުގައި މިހާރު ހުރީ ވަކަރުގޭ ކުއްޖެކޭ ހީވެއެވެ. 

ރައްޔިތުންގެ ވެރިއަކަށް ހުންނައިރު ތުހުމަތުތައް ކުރާނެކަމާއި ފާރަވެރިވާ ބަޔަކު އުޅޭނެ ކަމެއް އޭނާއަކަށް ނޭގެއެވެ. ކުށް ހޯދުމާއި ކުށްދެއްކުމުގައި ވާދަވެރިން އަވަދި ނެތި އުޅޭނެ ކަމެއް ވެސް ނޭނގެއެވެ. އެންމެންނަކު ޖަހާހާ ބެރަކަށް ނުނަށާނެ ކަމެއް ވެސް ނޭގެއެވެ. ގޮތް ދޫނުކުރުމާއި މަވެތި ކަމުގައި ލާމަސީލެވެ. 

ކުޑައިރު މައިންބަފައިން ވަކިވުމުން ލޯބި ނުލިބުމުގެ ވިޔަރިގަނޑު ބާލައިލުމަށް ވަކިމީހެއް ވަކިތަނެއް ބައެއް ކުދިންގެ ނުހުރެއެވެ. ބޭނުންވާ ގޮތްނޫން އެއްވެސް ގޮތަކީ ގޮތެއް ނޫންކަމަށް އެފަދަ ކުދިން ދެކެއެވެ. އެކަހެރި ކަމާއި މަޑު މޮޅިކަން ހުންނަނީ ކަމަކާ ޖެހެން ދެނެވެ. އަމިއްލަ އާރެއް ބާރެއް ފޯރާ އެއްވެސް ކަމެއްގައި އެހެންބަޔަކު ދެކެފާނެ ގޮތަކަށް ނުބަލައެވެ. ފަހުން ނިކުމެ ދާނެ ނަތީޖާއަކަށް ނުބަލައެވެ. ބޭނުންވާ ގޮތަށް ކަންކޮށް ނިންމާލައެވެ. 

ރާއްޖޭގެ ވެރިކަން މުއިއްޒަށް ލިބުނީ ބައެއްގެ ތެރޭގައި މަގުބޫލު ކަމެއް އޮވެގެނެއް ނޫނެވެ. މުއިއްޒަށް ތާއީދެއް ކޮށްގެން ވޯޓެއްދޭނެ މާބޮޑު އާއިލާއެއް އޮތީއެއް ނޫނެވެ. ރައީސް ޔާމީނު ވިދާޅުވިހެން މޭވާ ދޮންވެފައްކާވާ ގަހަށް ވައު ޖައްސާ އުސޫލުން މުއިއްޒަކީ މަގާމަށްޓަކާ ޕާޓީ ބަދަލު ކުރަމުންއައި މީހެކެވެ. އަދާލަތުން އެމްޑީއޭ އަށް ދިޔައީ ހައުސިން މިނިސްޓަރު ކަން ހޯދާށެވެ. އެމްޑީއޭ ދޫކޮށް ޕީޕީއެމަށް އައީ މޭޔަރުކަން ހޯދާށެވެ. ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ދިޔައީ މިނިކާ ބާޒެއްހެން ރައީސް ޔާމީނުގެ ރިޔާސީ ޓިކެޓް ފޭރިގަންނާށެވެ. 

ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ހިތުގައި ރައީސް ޔާމީނުގެ މައްޗަށް އުފެދިފައިވާ ހަމްދަރުދީގެ ނާޖާއިޒު ފައިދާ ނަގައިގެން ވެރިކަން ފޭރިގަތީ ހުސް ގޮނޑިއާއި ރައީސް ޔާމީނުގެ ފޮޓޯގެ ހިޔަނިންނެވެ. ތިމާއަށް މީހަކު ކުރި ތާއީދަކުން ނޫނެވެ. 

ގަނެގެން ގެންދާ މެންބަރުންނާއި ވަޒީފާގެ ބޭނުމުގައި ތާއީދު ކުރާކަމަށް ދައްކައިގެން އުޅޭ މީހުންނަކީ ކަލާސީންނަށް އޮޑި ބައުނުވާހެން ހިހޫތަނުން ކައިގެން އުޅޭ ބަނޑުއަކިރިއެވެ. ރާޅާ ދެމޭ ބަނޑުއަކިރި އަކީ އެއްތާކު ހުއްޓި ހުންނަ އެއްޗެއް ނޫނެވެ. މުއިއްޒު ވަށައިގެން ތިބީ ހައްތަހާވެސް ބަނޑު އަކިރިއެވެ. ނުވަތަ ދަނޑިވަޅު ބަލަންތިބި މިނިކާ ބާޒެވެ. އާދަންޝަރީފެއް ޝިޔާމެއް ގައްސާނެއް ސައީދެއް ޝަހީމެއް ކިޔާނެ ކަމެއް ނެތްތާއެވެ. ހައްތަހާވެސް ވެރިކަމަށް ފައިނަގައިގެން ތިބި މީހުންނެވެ.

މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީނަށް އިންސާފު ހޯދާ ދިނުމަށެވެ. މިނިވަން ކުރުމަށެވެ. ރައީސް ޔާމީނަށް ގެއްލިފައިވާ ހައްގުތައް ހޯދާ ދިނުމަށެވެ. މިއްޔަކީ އެއްތާކު ދެތާކު އެއްފަހަރަކު ދެފަހަރަކު މުއިއްޒު ދެއްކި ވާހަކައެއް ނޫނެވެ. އެހެން ކަމަށްވާނަމަ ރައީސް ޔާމީނަށް ގެއްލުނު އެންމެ ބޮޑު ހައްގަކީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގެވެ.

މުއިއްޒަކީ ރައްޔިތުންގެ ތާއީދެއް އޮތް މީހެއް ނޫނެވެ. މުއިއްޒަކީ ވެރިކަމުގެ ފެށުމުން ފެށިގެން އެންމެ ބޮޑަށް ތާއީދު ގެއްލެމުންދާ ރައީސެވެ. އެހެން ކަމުން މުއިއްޒު މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ރައީސް ކަމުން މުއިއްޒު އިސްތިއުފާދީ ރައީސް ޔާމީނަށް މިނިވަން އިންތިހާބެެއް ހޯދާދިނުމެވެ. 

]]>
Sat, 20 Apr 2024 14:23:06 +0500 ހީރަސްނިއުސް
ދުނިޔެ ރަންވެފައިހުރި މީހެއްގެ ދިފާއުގާ ހީނާ! https://heerasnews.com/2395 https://heerasnews.com/2395 ކުޑައިރު މައިންބަފައިން ވަކިވުމުގެ ސަބަބުން އަނިޔާ ލިބި ލިބި ބަދަލު ހިފުމުގެ ރޫހު ކަށީގެ މަދުގައި ހަރުލާފައިހުރި ބޭޗާރާއަކަށް ބާރެއް ލިބުނީމާ ވާންވީ ހައެތި މިހިރަވަނީއެވެ. ނަފްސާނީ ބަލީގައި ދުނިޔެ ރަންވެފައިހުރި މޮޔައެއްގެ އަތަށް ކަނޑި ދިނީމާ ވާނެގޮތް މިހިރަވަނީއެވެ. މޮޔަގެރިއަށް ރަތްފޮތި ފެނުނީމާ ވާހެން ވެގެން  ޒާތަކު ފޮޓޯއެއް ދީފާ ފޮނުވީމާ ނިކުމެ ފުލުހުން ކޮށްލިވަރޭ ބުނެ ފުލުހުންނާ ޖެހިގަންނަން ހީނާ ވަލީދަކީ ކާކުހެއްޔެވެ. އެކަށީގެންނުވާ ބާރެއް ބޭނުންކޮށްގެން މުޒާހަރާއެއް ރޫޅާލަން ޖެހޭ ވަރުގެ މުޒާހަރާއެއް ހުސްވި ފަސްއަހަރަކު ނުބޭއްވެއެވެ. ނިމިދިޔަ ފަސްއަހަރު ފުލުހުން ތިބީ ވަރަށް ހަމަޖެހިގެންނެވެ.

ފުލުހުން ފާލުން ނައްޓާވަރުގެ މުޒާހަރާއެއް ހީނާމެން އިދިކޮޅުގައި ތިބެ ބޭއްވީއެއް ނޫނެވެ. ބާއްވާކަށް އެނގުނީއެއް ނޫނެވެ. ނުއެކަށޭނަ ބާރެއް ބޭނުންކޮށްގެން ފުލުހުން ލައްވާ ގޯހެއް ހެއްދޭވަރުގެ އެއްވުމެއް ބޭއްވުނު ނަމަވެސް ހީނާ ކޯތަޅުވަން ރަނގަޅެވެ.

އެކިފަހަރު އެކި ނަމުގައި މުޒާހަރާތައް ބޭއްވޭތޯ ހީނާމެން އުޅުނީމު ނޫން ހެއްޔެވެ. ހެޔޮވަރުގެ އަދަދަކަށް މީހުން ނުނިކުމެގެން ކޮންމެ ފަހަރަކުވެސް މުޒާހަރާ ވައިވުން ނޫން ކަމެއް ވީހެއްޔެވެ. އިންޑިއާ އައުޓް ވައިގައި ހިފާނެކަމަށް ހީކުރީމު ނޫން ހެއްޔެވެ. މީހުންގަނޑު ނިކުމެ ވެރިކަން ވައްޓާލާނެ ކަމަށް ހީކޮށް ފޮނު އެރުވީމު ނޫން ހެއްޔެވެ. ހެޔޮވަރުގެ އަދަދަކަށް މީހުން ނުނިކުތުމުން  ފުލުހުން ނިކުމެ ކަމެއްކުރާން ނުޖެހި ރިޔާސީ ގަރާރަކަށް ފޫޅުކަނޑާ މުޒާހަރާ ވައިވެގެން ދިޔަ ހަނދާން ހީނާގެ ބަލިހާލު ހުރިގޮތުން ނެތުނީތާއެވެ. 

ހަރާން ހުކުން މުޒާހަރާ ތަކަށް ވީގޮތް ރައީސް ޔާމީނު އިއްޔެރޭ އެވިދާޅުވެ ދެއްވީއެވެ. ނުއުމުރުގެ ތިރީހަކަށް އަންހެނުން ކޮންމެ ރެއަކު ކަސްރަތު ކުލާހަކަށް ދާންހެން ގޮސްތިބެ ދޮޅުގަޑިއެއްހާއިރު އެ ބޭއްވީ މުޒާހަރާ ހެއްޔެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި ނުވަތަ ސޯސަންމަގު ޖަންގްޝަނުގައި ގުޅައަކަށް ތިބެ ތިރީހަކަށް އަންހެނުން ހޭރުވި ހޭރުވުން އެއީ މުޒާހަރާއަށް ވޭހެއްޔެވެ. ފުލުހުން ނިކުމެ އެ ކަނބަލުންނަށް ޖާގަ ހަދާދީ ޓްރެފިކް ބަލަހައްޓާ ދީހެދުމަކީ އަނިޔާކުރުން ކަމަށް ވަންޏާ އެއީ ކިތަންމެ ހާވެސް ބޮޑު އަނިޔާއެކެވެ. 

ހީނާގެ ލޮލަށްމިރުސް އެޅިފަ ހުއްޓަސް އެންމެންނަކު ތިބީކީ ލޮލަށް މިރުސް އެޅިފައެއް ނޫނެވެ. ހީނާމެން ހަރާން ހުކުމުގެ ނަމުގައި ދެބައި އުމުރު މަދު އަންހެނުން ކޮޅެއް ނެރުވައިގެން ހޭވި ހަޑި މާލޭގައި އުޅުނު ބަޔަކު ދެކޭނެއެވެ. އެކަކަށް އެކައްޗެއްވެސް އޮޅުވައެއް ނުލެވޭނެއެވެ. ޖަލު ހުކުމުގައި އޮންނެވި ރައީސް ޔާމީނަށް ވެސް އޮޅިވަޑައި ނުގަންނަވާކަން މިހާރު ސާފުވާނެއެވެ.

ވެރިކަމުގެ އާރާ ބާރުގައި ތިބެ ފުލުހުން ފޮނުވައިގެން އެމީހުން ލައްވާ އަނިޔާވެރިކަން ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް ދެއްކުމަށްފަހު ފުލުހުންގެ ބޮލަށް އެކަން ކަނޑާލަން ޗަރުކޭސް ނުދައްކާށެވެ. ފުލުހުންނަކީ އެމީހުންގެ ތޮބީއަތުގައިވެސް އަނިޔާވެރި ބައެއްކަމަށް ދައްކަން ރާގުރާގަށް ވާހަކަ ދެއްކިޔަސް ފުލުހުންނާއި ރައްޔިތުންނަށް ވާނުވާ އެނގެއެވެ. ވެރިކަމާހެދި އަމިއްލަ އަތަށް ގޮއްވާލެވޭ އިރުވެސް އެނގެނީއެއް ނޫނެވެ.      

]]>
Thu, 11 Apr 2024 17:45:48 +0500 ހީރަސްނިއުސް
އީދުވިލޭރޭ ފުލުހުން ހިންގި އޮޕަރޭޝަނަކީ އިންޒާރެއް! https://heerasnews.com/2394 https://heerasnews.com/2394 އެސްއޯ ފުލުހުން ފޮނުވީ ރަައީސްގެ އެންގެވުމާ ހިލާފަށް ކަމަށް ރައީސް ވިދާޅުވީމާ އެނގުނީ ފުލުހުންގެ އީދު ވިލޭރޭގެ އެއޮޕަރޭޝަން ކުރިއަށް ގެންދަން ރައީސް އެންގެވި ވަކި ގޮތެއް އޮތް ކަމެވެ.  

ނަމަވެސް ކުރީގެ ފުލުސް ކޮމިޝަނަރ އެމްސީ ހަމީދު ވިދާޅުވަނީ ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ވަކި ގޮތެއް އެންގެވުމުގެ ގާނޫނީ ޖާގަ ރައީސަށް ނޯންނަ ވާހަކައެވެ. އެހެންވިޔަސް ހެޔޮތާއެވެ. ރައީސް ފުލުހުންނަށް ގޮތެއް އަންގަވާފައި ވާތީ، ފުލުހުންގެ އޮޕަރޭޝަން ދިފާއުކޮށް އީދުވިލޭރޭ ކަމުގެ ހޫނުގަނޑުގެ ތެރޭގަައި އޮތީ އެކަން ރަސްމީކޮށް ރައީސް އޮފީހުން ކަށަވަރުވެސް ކޮށްދީފައެވެ. 

އެ އޮޕަރޭޝަން ދިޔައީ ވަގުތުން މީޑިއާ ތަކުން ލައިވް ކުރަމުންނެވެ. އަނެއްކޮޅުން ރޭގެ ކަންތަކާ ހެދި ރައީސް އުޅުއްވީ އަވަހާރަވެސް ނުލައްޕަވާ ކަމަށް ހޮދު ރައީސް ވިދާޅުވެއްޖެއެވެ. 

ހޭލާ ހުންނަވާ ހުރިހާ ކަމެއް ހިނގާ ނިމި އިރުއަރާ، އީދު ސަލާންކޮށް ނިމުނު އިރު ކަމަކުދާކަށް ނެތެވެ. ފުލުހުން ގޯސްވެ، ބޮޑުތަހުގީގެއް ކުރަންޖެހި ރައީސަށް އެއްޗެއް އެނގިވަޑައިގަތީ މާފަހުން ނޫހުން ކަމުގައި ވެއްޖެއެވެ. ދެންމީގެ ދެކޮޅު ދިމާކުރާނެ ގޮތަކީ ކޮބައިހެއްޔެވެ.

ހުވާކުރުމާ އެކު ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ވައުދާއެކު އެދެއްކި ހުސްގޮނޑި އެއީ ދޮގުކަމަށް ނުވަންޏާ ދޮގާ މަކަރަކީ އޮތް އެއްޗެއް ނޫނެވެ. ވަކި ކަމެއްގެ ދަޅަދައްކައިގެން ހޯދާ މޮޅާ މަންފާ އެއީ ޓެކުމެއްވެސް ނޫނެވެ.

ވެރިކަމުގެ ހުވާ ކުރެއްވިތާ 5 މަސް ތެރޭ، ކުޑަޢީދު ވިލޭރޭ މާލޭ ގިޔާސުއްދީން ސްކޫލް، އަލަށް އުފައްދާ ޕީއެންއެފް ނަމަކަށް ކިޔާ ރައީސް ޔާމީންގެ ސިޔާސީ ޕާޓީއަށް ކުއްޔަށް ދިނެވެ. ފަހުން އެކަމާ މޭބޮޑުވެ ފަހުވަގުތު އެކަން ކެންސަލް ކުރާނީ، މަތިފަޑީގެ ކޮންމެވެސް ހިސާބަކުން އެންގީމަތާއެވެ. އެކަމެއް އެ ޕާޓީގެ އާންމު މެމްބަރުންނަކަށް ނޭނގޭނެ ނޫން ހެއްޔެވެ،

ކުރިން ހަމަޖެހިފާ އޮތްގަޑިއަށް މީހުން އައިސް ހޯލް ފުރެނިކޮށް އެކިވައްތަރުގެ ހެދުން އެޅި ފުލުހުންގެ ފައުޖުތައް އައިސް ރައީސް ޔާމީނުގެ މީހުން ފައްސާ ނަގާލީއެވެ. އެންމެ ފަހުން ވެރިންގެ އެންމެން ރެކި ފުލުހުން ގޯސް ހެދިކަމަށް ވެގެން ތަހުގީގެއް ފަށަން ޖެހުނީއެވެ. 

ރާއްޖޭގެ ސަލާމަތީ ފައުޖުތަކަކީ ހަމަ ތިބެފައި އަމިއްލަ އަމިއްލައަށް ކަންކުރާ ބައެއް ނޫނެވެ. އެންމެ ހުތުރު ގޮތަކަށް ތާރީހުގައި ފެނުނު ފެބްރުވަރީ 7 ގައި ވެސް އެމީހުން ކަންކުރީ މައްޗަށް ތިބި ބަޔަކު އެކަން ރާވާ ކޮމާންޑްކޮށް އެކަން ކުރަން އެންގީމައެވެ.

އީދު ވިލޭރޭގެ ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރުގަދަ ހަސަން ކުރުސީ ދައްކަނީ ޝައުގުވެރި ވާހަަކަ އެކެވެ.

އޭނާ ބުނާގޮތުން އީދު ވިލޭރޭ ފުލުހުން ހިންގި ހަރަކާތަކީ ފުލުހުންގެ މިހާރުގެ ކޮމިޝަނަރާއި ދެކޮޅަށް އެތަނުގެ ތެރޭން ބަޔަކު ހިންގި ބަގާވާތެކެވެ. ބޭނުމަކީ މިހާރުގެ ކޮމިޝަނަރ ވަކިކޮށް އެހެން ބަޔަކު ފުލުހުންގެ މަތިފަޑިއަށް އަރަން ބޭނުންވުމެވެ. މިކަމުގައި އެއްވެސް ވަރެއްގެ ހަގީގަތެއް އޮތްނަމަ އެއީ ނުރައްކާތެރިކަން ބޮޑު އިންޒާރެކެވެ.

]]>
Wed, 10 Apr 2024 21:53:39 +0500 ހީރަސްނިއުސް
ފުލުހުން ބޮލަށް ކަނޑާލާ މުއިއްޒު ބޯދަމައިގެންފި! https://heerasnews.com/2393 https://heerasnews.com/2393

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ހިނގާދިޔަ ކަންކަމުގެ އެއްވެސް މައުލޫމާތެއް އެނގިފައިނުވާކަމަށް ބުނެ މުއިއްޒު ބޮޑު ދޮގެއް ހަދާ އޮޅުވަލައިފިއެވެ. ފުލުހުންނަކީ އަނިޔާވެރި ގޮތެއް ފޮތެއް ނެތް ބައެއްކަމަށް މުއިއްޒު ބުނި ބުނުމަކީ ސީރިއަސް ކަމެކެވެ. މުއިއްޒަކީ ރާއްޖޭގެ ސަލާމަތީ ކަންކަމުގެ ކޮންޓްރޯލު ނެތް ވެރިއެއްކަމަށް އަމިއްލައަށް އިއުތިރާފުވުމަކީ ކުޑަކަމެއް ނޫނެވެ. ބިރުވެރިކަމެކެވެ. 

އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް ހިފާ ހައްޔަރުކޮށް ހަދާ މަންޒަރު ފެންނަން ބޭނުން ނުވާ ކަމަށާއި، ކުރިން އެ މަންޒަރުތައް ފެނިފައިވާ ކަމަށް މުއިއްޒު ބުނުމުން، ކަމުން ރެކެވޭނެ ކަމަށް ހީވަނީހެއްޔެވެ. މުއިއްޒު ސާފު އިރުޝާދެއް ދީފައި އޮއްވާ ފުލުހުން ނިކުމެ އާއްމު ރައްޔިތުން ތަކެއް ތަޅާ ރާކޭސް ގަންނަވާލީ ފުލުހުން އަމިއްލައަށް ކަމަށް ބުނީމާ ގަބޫލު ކުރަނީ ކާކުހެއްޔެވެ. 

މުއިއްޒު ހިތާމައެއް ކުރާނެ ކަމެއްނެތެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅީ ރައީސް މުއިއްޒު ދިން ސާފު އިރުޝާދަށެވެ. އަމަލު ކުރީ އެންގި ގޮތަށެވެ. ޕީއެންއެފް އުފެއްދުމުގެ ގާނޫނީ ޖަލްސާ ބޭއްވިޔަ ނުދިނުމަކީ މުއިއްޒު ބޭނުންވީ ގޮތެވެ. ސްޓެލްކޯއަށް އަންގައިގެން ކަރަންޓް ކަނޑާލާ، ގިޔާސުއްދީން ސްކޫލަށް މަޖުބޫރު ކުރުވައިގެން ޖަލްސާ ބާއްވަން ދިން ހުއްދަ ބާތިލު ކުރުވާ، ފުލުހުން ފޮނުވައިގެން ޖަލްސާ ބޭއްވިޔަނުދީ އަނިޔާވެރިވީ މުއިއްޒެވެ. ސްޓެލްކޯއެއް ގިޔާސުއްދީނެއް އެޑިއުކޭޝަނެއް ފުލުހުންނެއް ނޫނެވެ. 

ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވާ ބައެއް ކަމަށް ދައުލަތުގެ އެންމެ މަތީވެރިކަމުގައި ހުރި މުއިއްޒު ސިފަކޮށް ކަމުން ރެކެން ޗަރުކޭސް ކުޅުނެއް ކަމަކު ފުލުހުންނަށް ވާނުވާ އޮޅިގެނެއް ނޫޅެއެވެ. މުޅި ފުލުސް މުއައްސަސާ ބަދުނާމްކޮށް އަނިޔާވެރި ބައެއް ކަމަށް ސިފަކޮށް ފުލުހުންގެ ރުހުމާ ލޯބި ލިބޭނެ ކަމަށް މުއިއްޒަށް ހީވަނީ ހެއްޔެވެ. ސިޔާސީ ގޮތުން މުއިއްޒު ގެންގުޅޭ ގުރުބާން ކަންބަޅިއަކަށް ފުލުސް މުއައްސަސާ ހަދާކަށް ފުލުހުން ތިބީ ފުރުސަތު ދޭގޮތަކަށް ނޫނެވެ. 

ފިޔަވަޅު އަޅާވާހަކަ މުއިއްޒު ނުދައްކާށެވެ. ރައީސްގެ ސާފު އިރުޝާދެއް އޮއްވާ އެކަން ބޮލާލާޖަހާ ޕީއެންއެފް ޖަލްސާއަށް ހުރަސްއަޅަން ފުލުހުން ފޮނުވި ޕޮލިސް ކޮމިޝަނަރު މަގާމުން ވަކިކޮށްލަން މުއިއްޒަށް ކެރޭނެހެއްޔެވެ. ހޯމް މިނިސްޓަރު ސަސްޕެންޑް ކޮށްލަބަލާށެވެ. ނުވާނެއެވެ. ނުކެރޭނެއެވެ. އޭރުން ހުތުރު ގޮތަކަށް މުއިއްޒު ބަރަހާނާ ވެގެން ދާނެއެވެ. 

]]>
Wed, 10 Apr 2024 19:59:21 +0500 ހީރަސްނިއުސް
ހަމްދާނު ޝަކީލަށް: އެމްޑީޕީން ސްލަމެކޭ ފޮޅެލެކޭ ނުކިޔާ! https://heerasnews.com/2385 https://heerasnews.com/2385 މުއިއްޒު ވެރިކަމަށް އައިސް އަދި ރައްޔިތަކަށް ކޮށްދެވުނު ކަމެއްނެތެވެ. ކަމެއް ކޮށްދޭން އުޅޭތަނެއްވެސް ނުފެނެއެވެ. މުއިއްޒު ކަންކަމަށް އިސްކޮށްފައި ތިބިހާ ބަޔަކާއި މުއިއްޒުގެ ރޭޔާދުވާލުގެ މަސައްކަތަކީ ކުރީ ސަރުކާރު ކިޔާލަ ކިޔާލާ ތިބުމެވެ. ކޮންމެ މީހަކު އައުގޮތަކަށް މޮޅުގޮތަކަށް ކުރީ ސަރުކާރޭ ކިޔައިގެން މީޑިއާގައި ވާހަކައެއް ބުނެލެވުނީމާ އެއީ ދެން މާގަދަ މީހެކެވެ. 

ތެދު ވައްތަރަށް ބޮޑު ދޮގެއް ހަދާފައި އެއްވާނަކަށް އެންމެން އެކްސްގައި ޓްވީޓް ކޮށްގަތީމާ އެހުރީ ގައުމު ހިންގިފައެވެ. ހިންގާ ތަރައްގީގެ ޕްރޮޖެކްޓް ބުނެދެނީ ނަންބަރުންނޯލައެވެ. އެއްވާހަކައެއް އެކިވަޒީރުން ނަންބަރުން ބުނެދެނީ އެކި ވަރަށެވެ. ރައްޔިތުންނަށްޓަކާ ކުރަންފެށި އައު ކަމެއް ނެތް އިރު ކުރީ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާކަންކަން ނުކޮށްތިބެ ދިޔާކުރާ އަނގައަކުން ކަންކަން އޮޅުވަނުލެވޭނެ ކަމެއް ނޭގެއެވެ.      

ބޯހިޔާވަހިކަމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ވަނީ ސްލަމް ތަކެއް އުފައްދަން މަސައްކަތް ކޮށްފާ ކަމަށް ބުނެ ފަހިދިރިއުޅުން ކުންފުނީގެ އެމްޑީ ހަމްދާނު ޝަކީލު ވަނީ ފިތުނަވެރި ވާހަކައެއް ދައްކާފައެވެ. ހަމްދާނު ސިފައެކުރާ ފަގީރު އަވަށްގަނޑުގައި އެމްޑީޕީ ސަރުކާރުން އަޅާ ފްލެޓްތަކުގައި ދެކޮޓަރީގެ އެޕާރޓްމަންޓެއްގައި 750 އަކަ ފޫޓް ހުރެއެވެ. ތިންކޮޓަރީގެ އެޕަރޓްމަންޓެއްގައި 900 އަކަފޫޓް ހުރެއެވެ. އެޕާރޓްމަންޓްތައް ތަނަވަސްވެފައި ފުރިހަމައެވެ. އެތަންތާ މީހުން ދިރިއުޅެން ފެށުމުގެ ކުރީން ބޭނުންވާ ހޮސްޕިޓަލާއި ސްކޫލާއި މިސްކިތައް އަޅާނެ ޖާގަ އޮތީ ހަމަޖެހިފައެވެ. ވެރިކަން ބަދަލުވުމުން އޮތްކަމެއް ނެތްކަމަށް ހަދައިގެން އަގަދިޔާ ކުރިޔަސް ހަގީގަތުގައި އަތެއް ނޭޅޭނެއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމުނުއިރު ހަމްދާނު ޝަކީލުމެން ފަހުރުވެރިވާ ހިޔާ ޓަވަރުތަކާއި ފޭސް ދޭއްގެހާލަތު މާގޯހެވެ. ހިޔާ ޓަވަރުގެ ދެކޮޓަރީގެ ފްލެޓެއްގެ ސައިޒަކީ 500 އަކަ ފޫޓެވެ. އަރާފައިބަން ހުރި ލިފްޓްގެ އަދަދާ ސައިޒް އެހުރީ ފެންނާށެވެ. ވިޔާފާރިއާއި އަސާސީ ބޭނުން ތަކަށް އެއްވެސް ޓަވަރެއްގައި ހާއްސަ ކުރެވިފައިވާ ތަނެއް ނެތެވެ. ސްކޫލެއް މިސްކިތެއް ފޭސް ދޭއްގައިނެތެވެ. މަގުތަކެއް ނުހެދެއެވެ. 

ރައީސް ސޯލިހުވެރިކަމަށް ވަޑައިގެން ހިޔާ ޓަވަރު ތަކުގައި އަސާސީ ބޭނުން ތަކަށް ޖާގަ ހައްދަވާ ޓަވަރުތަކަށް މީހުން ވައްދާ މިސްކިތާއި ސްކޫލު އިމާރާތް ކުރައްވާ މަގުތައް ހައްދަވާ ނިންމެވިއެވެ. ސްލަމެކޭ ފަޅޮލެކޭ ނިކިޔައެވެ.

]]>
Mon, 08 Apr 2024 20:01:09 +0500 ހީރަސްނިއުސް
ޔާމީނަށް ވުރެވެސް ޔާމީނަށް ވަފާތެރީ އަދުރޭ! https://heerasnews.com/2389 https://heerasnews.com/2389 މުއިއްޒުގެ ރޯލު މޮޑެލް އަދުރޭ ބޭނުންވީ ގޮތަށް މުއިއްޒު ސަރުކާރު ވެރިކަމަށް އަންނަން ވިއްކީ ޔާމީނެވެ. ޔާމީނު މިނިވަން ކުރުމެވެ. ހަރާން ހުކުމެވެ. ވޯޓުދިނީ ޔާމީނުގެ ސަޕޯޓަރުންނެވެ. ހަގީގަތް ބަދަލުކުރަން އުޅުނަސް އެއްޔަކީ ބަދަލުވާކަށް އޮތް ހަގީގަތެއް ނޫނެވެ. 

ކޯޓުން ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުން ރައީސް ޔާމީނު ނުނިކުންނަވަނީސް ހުކުމް ހަރާން ކަމަށް ފުރަތަމަ ބުނީވެސް އަދުރޭއެވެ. އަދުރޭގެ އެބުނުމާއެކު ޔާމީނަށް ކުރި ހުކުން ޕީޕީއެމް-ޕީއެންސީއަށް ހަރާން ވެއްޖެއެވެ. ކޯޓު ހުކުމަށްވުރެ އަދުރޭގެ ހުކުން ވަރުގަދަ ވެއްޖެއެވެ. 

ރައީސް ޔާމީނަށް ކުރި ހުކުން ހަރާން ހުކުމެއްގެ ގޮތުގައި އޮތީ މުއިއްޒު ރައީސްކަމަށް އިންތިހާބު ވަންދެނެވެ. މުއިއްޒު ވެރިކަމަށް ހުވާކުރުމާއެކު ހުކުމް ހަލާލު ވެއްޖެއެވެ. ހުކުމާ ކޯޓާ މަތިވެއްޖެއެވެ. ވާހަކައިގެ ރާގު ބަދަލުވެއްޖެއެވެ. 

ރައީސް ޔާމީނު ބޭނުންފުޅުވަނީ މައުސޫމު ބޭފުޅެއްކަން ސާބިތުކޮށްދީގެން މިނިވަންވެ ވަޑައިގަތުމަށް ކަމަށް ސަރުކާރުގެ އިސްވެރިންނަށް މިހާރު ވެއްޖެއެވެ. ޔާމީނު މިނިވަން ވާންޖެހެނީ ޝަރީއަތުގެ ތެރޭން ކަމަށް ބުނެ ޔާމީނު މިނިވަން ކުރުމަކީ ކަމެއް ނޫންކަމަށް މުއިއްޒަށް ވެއްޖެއެވެ. 

ހައްގުނޫން އަނިޔާއެއް އަދަބެއް އެއްވެސް މީހަކަށް ލިބޭކަން އެނގިހުރެ އެކަން ނުހުއްޓުވާ ހުންނާކަށް ގާނޫނު އަސާސީއާއި ރައްޔިތުން ރައީސަށް ހުއްދައެއް ނުކުރެއެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ހަރާން ހުކުމެއްކަމަށް ރައްޔިތުން އޮތީ ނިންމާފައެވެ. ރައީސް ޔާމީނަށް އިއްވި ހުކުން ހަރާންވެގެން ޔާމީނު މިނިވަންކުރަން ވެރިކަމަށް ނިކުތް މުއިއްޒު ވެރިކަމަށް ހޮވުމުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޔާމީނު މިނިވަން ކުރުމެވެ. ޝަރީއަތޭ ކޯޓުތަކޭ ކިޔާކަށް ޖާގައެއް ނެތެވެ. 

ރައީސް ޔާމީނު ބަންދެއްގައި ހުންނަވާތީ މުއިއްޒާއި އަދުރޭއާއި ޝީޔާމް ފަދަ މީސް މީހުންގެ ލޮލުން ކަރުނަ ނުހިކެއެވެ. ހަމަ ނިދި ނުނިދެއެވެ. ވާލޯބިންނާ ކުރާ ހިތާމައިންނެވެ. ދޭތެރެ ދޭތެރެއިން ބައިހަދާފާ ނިކުމެ ރައީސް ޔާމީނަށް ކޮޅުދޮށިން ދެނީ ވާލޯބީގެ ބޮޑުކަމުންނެވެ.

އާރެއް ބާރެއް ދެވޭނެ މަގާމެއް ހޯދާދެވޭނެ ހައިބަތެއް ނެތް ހާލަތުގައި ރައިސް ޔާމީނައިގެން އުޅޭ ޑރ. ޖަމީލާއި މަލީހާއި ހުސައިން ވަހީދާއި ޑރ. އަބްދުއްލާ މެންނަކީ ގައްދާރުންނޭ އަދުރޭ ބުނީމާ ރައިސް ޔާމީންވީ އެމީހުން ފައްސާ ނަގާލާށެވެ.  ރައީސް ޔާމީނު ބަންދުގައި ބަހައްޓައިގެން ރައީސް ޔާމީނަށް އެންމެ ވަފާތެރީ ތިމަންނަމެންނޭ ކިޔާ އެހެން ބަޔަކާ ދިމާއަށް ބޭވަފާތެރި ކަމުގެ އިނގިލި ދިއްކުރަން ލަދު ނުގަންނަކަމެވެ. ވެރިކަމުގެ އިއްޒަތާ ލައްޒަތާ ފެނުމުން ކާންދިން އަތުގައި ދަތް އެޅުމަކީ އައުކަމެއް ނޫނެވެ. 

ރައީސް ޔާމީނު އަރިހުގައި ވީހާލެއްގައި ވެގެން އުޅޭ މީހުނަށް ވުރެ އަދުރޭމެން ރައީސް ޔާމީނަށް ވަފާތެރިއެވެ. އަނބި ކަނބަލުން މެޑަމް ފާތުންއާއި ދަރިކަލުން ޒައިންއަށް ވުރެ އަދުރޭމެން ރައީސް ޔާމީނަށް ވަފާތެރިއެވެ. ރައީސް ޔާމީނަށް ވުރެވެސް ޔާމީނަށް އަދުރޭމެން ވަފާތެރިއެވެ. 

]]>
Mon, 08 Apr 2024 19:03:07 +0500 ހީރަސްނިއުސް
އަދުރޭމެންގެ ތެރޭގައިތިބީ ޔާމީނަށް ގައްދާރުން! https://heerasnews.com/2387 https://heerasnews.com/2387 މެޑަމް ފާތުންއޭ ޒައިންނޭ މުޒާހަރާއޭ ކިޔާ އަނގަހުޅުވަން އަދުރޭ ލަދު ހަޔާތް ނުގަންނަ ކަމެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ނެތް މޮޅުކައިގެން ރައީސް ޔާމީނު ތޭރިތަކުގެ ފަހަތަށް ފޮނުވާލައިގެން ތިބެ އަނެއްކާ ދައުލަތް އިރާ ވީދާކަމުން ރައީސް ޔާމީނުގެ ވަފާތެރިންނަކީ ތިމަންނަމެނޭ ބުނަން ލަދު ނުގަންނަ ކަމެވެ. 

ރައީސް ޔާމީނު ޖަލުގައި އޮންނެވުމުން މިނިވަން ކުރުމަށް ގޮވާލާ މަދު މީސްކޮޅެއް މުޒާހަރާ ކުރިއެވެ. ގިނަ ރޭރޭ ތިރީހަކަށް މީހުން ހަމައެއް ނުވެއެވެ. މުޒާހަރާއަށް ގިނައިން ނިކުމެ އުޅުނީ ސާޅިހަށްވުރެ އުމުރުން މަތިވެފައިތިބި އަންހެނުން ކޮޅެކެވެ. މަދުމަދުން ޕީޕީއެމް ލީޑަރޝީޕްގެ މީހުން ފެނިލައެވެ. ގިނަ ރޭރޭ މުޒާހަރާގައި ދެގަޑިއެއް ހާއިރަށްވުރެ ގިނައެއް ނުވާނެއެވެ. 

ރައީސް ޔާމީނު ވިދާޅުވީ ރަނގަޅަށެވެ. ހަރުތަނެއްގައި ޖެހެލާ ވަރަށް ރައީސް ޔާމީނު މިނިވަން ކުރަން މަސައްކަތެއް ނުކުރެއެވެ. ޕީޕީއެމް ލީޑަރޝީޕްގެ ކޮންމެ މީހަކުވެސް ހުރީ ރިޔާސީ ޓިކެޓަށް ކަޅިއަޅައިގެންނެވެ. ރައިސް ޔާމީނުގެ ނަން ބޭނުންކުރީ ސަޕޯޓް ބޭސް ހިފެހެއްޓުމަށެވެ. 

ސިޓީ ކައުންސިލް ތެރޭގައި މުއިއްޒުއައީ ޕްރޮގްރަސިވް ކޯލިޝަންގެ ޓީކެޓަށް ދޮންކުރަމުންނެވެ. ސައީދާއި ގައްސާނާއި ޝިޔާމައި އާދަމް ޝަރީފުވެސް ތިބީ ދަނޑިވަޅު ބަލާށެވެ. ޑރ. ވަހީދާ ޑރ. ޖަމީލަކީ ލީޑަރޝީޕްގެ ބޭފުޅުން ހިތްޕުޅާވާ ދެބޭފުޅުންނަކަށް ނުވެއެވެ. އިލްމާ ތަޖުރިބާގެ ގޮތުން ޑރ. ވަހީދާއި ޑރ. ޖަމީލާ ފަތިގަނޑު ފިރުކާލެވޭ ވަރުގެ ހަމައެކަކު ނެތުމުން އެ ދެބޭފުޅުން ތިއްބެވީ އެކަހެރި ކޮށްފައެވެ. 

މުޒާހަރާއަކުން ނުވަތަ މީޑިއާގެ ތެރެއިންވިޔަސް ޑރ. ވަހީދާއި ޑރ. ޖަމީލަށް މަގުބޫލު ކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަކަނުދެއެވެ. ރައީސް ޔާމީނު ނެތް ތަނެއްގައި ވެރިކަމެއް ކުރުމަށް އެންމެ ކުފޫހަމަ ދެބޭފުޅުން ގޮތުގައި ޕްރޮގްރެސިވް ކޯލީޝަންގައި ތިއްބެވީ ޑރ. ވަހީދާއި ޑރ. ޖަމީލު ކަން ލީޑަރޝިޕަށް އެނގެއެވެ. 

ރައީސް ޔާމީނަށް މާބޮޑު ވަފާތެރިއެއް ކަމަށް ހެދިގެން ހުރެ މުއިއްޒު އަތުން މަހު މުސާރަ ނަގަމުން އަދުރޭ ގެންދިޔައީ މުއިއްޒަށް ރިޔާސީ ޓީކެޓް ފައްކާކޮށްދެމުންނެވެ. ދެ ދުވަހުން އެއްދުވަހު މީޑީއާއަށް މިބައިގަޑު އަރާ ކަރުން ނާރުހިލި އަޑު ކޫރެންދެން ތިމަންމެންގެ ކެންޑިޑޭޓަކީ ރައީސް ޔާމީނޭ ރާގު ރާގަށް ފަހަރަކު މީހަކު ކިޔަމުން ދިޔައީ ނިފާގު ކަމުން ފޯވެގެން ތިބެއެވެ. 

ރައީސް ޔާމީނަށް ވާދަކުރެވޭ ކުރެވޭ ގޮތަށް ނިކުމެ ނިކުމެ އޮތް ހުކުން ރެއަކަށް އިރު އޮއްސިފަ އިރުއެރި އިރު ބަދަލު ވެގެން ދިޔައީ ފަހުވަގުތު ޕީޕީއެމް ތައްގަޑު ގެއްލުނު ގޮތަށެވެ. ރައީސް ޔާމީނަށާއި ޕީޕީއެމް ސަޕޯޓަރުންނަށް ދޯކާދީ ރައީސް ޔާމީނުގެ ހިޔަނިން ވެރިކަން ހޯދީ ހީލަތާއި އޮޅުވާލުމާއި ދޮގާ މަކަރުންނެވެ.

އަދުރޭގެ ހީލަތްތެރި މަޅިއަށް ޝިޔާމާއި ގައްސާނާއި ސައީދާއި އާދަން ޝަރީފް ވެސް މަހާލައިގެން މީހަކަށްޓަކާ އަނެއް ފަސްއަހަރު މަގުމަތީގައި ނުތިބެ ޖެހުނު ދިމާލަކުން ދައުލަތް ނޮޅާކާން އެތިބީ ފޫގަޅައިގެންނެވެ. އެމީހުނަށް ކޮން ޔާމީނެއް ހެއްޔެވެ. ކޮން މުއިއްޒެއް ހެއްޔެވެ. މުއިއްޒު ވައްޓާލާ ސެންބެ ކިއްކުރަން ހެއްޔެވެ. ބޮލުރޮދި ނަންނަ ވެރިކަމުގައި ހުއްޓަސް ތިބޭނީ ދޫލާށެވެ.   

]]>
Sun, 07 Apr 2024 17:24:35 +0500 ހީރަސްނިއުސް
މުއިއްޒު ހިލޭ ދިނީ ރާޖޫއަށް ރަންވަޅެއް! https://heerasnews.com/2384 https://heerasnews.com/2384 ހުޅުލޭ އެއަރޕޯޓް ހިންގަން އެންމެ 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިނުމުން ކޮށިއަރައިގެން ރޭނިދި ނުނިދިގެން ބަޔަކު އުޅުނެވެ. މާލޭ ބިމުން ދިވެހިންގެ ބަޔަކަށް ދިހަހާސްއަކަފޫޓް ހަމަ ނުވާ ހައެއްކަ ބިން ސަރުކާރުން ވިއްކައިގެން ހީވީ ބޮލަށް ބެރިވެއްޓިގެން އުޅުނުހެންނެވެ. ނިތްކުރީގައި ފޮތި އައްސައިގެން މޫދުން ވުލޫކޮށްގެން ގޮށްމުށް ކަވައިގެން ނިކުމެ ޖީއެމްއާރު ބޭރުކޮށްލި ބަގަ މިހާރު މަރުވެ ދިޔައީ ހެއްޔެވެ. މާލޭން ވިއްކި ބިންތައް އަތުލާ ރާއްޖޭގެ ބިމުން އަކަ ކައިވަތެއް ދިވެއްސަކަށް ވިޔަސް ބޭރު ބަޔަކަށް ވިއްކިޔަ ނުދޭން ފޫގަޅައިގެން ނިކުތް މީހުން ގަނޑު މިހާރު ތިބީ ލޮލަށް މިރުސް އެޅިފައިހެއްޔެވެ. 

ދިވެހިންގެ ރާއްޖެ ރާޖޫ ރާއްޖެއަށް ވެގެންދާތަން ދެކޭ މީހަކު ނޫޅެއެވެ. ހައްދަވައިގެން ކަމެއް ނުކޮށްދީ ލޯލާރިއެއްވެސް ދައުލަތަށް ނުދައްކާ ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން އެތައް ހެކްޓަރު ބިން މުއިއްޒު ރާޖޫއަށްދީ ނިންމަލައިފިއެވެ. އެވެސް ހުޅުމާލެއިންނެވެ. ބަޔަކަށް ކަހާތަން ހިރުވާވެސް ނުލައެވެ. މައުމޫނާއި ގާސިމާއި އުއްޗުމެނަށް ކުކުރާވެސް ނުލާ ތިބެވޭހެއްޔެވެ. ކެކިއެރި ގައުމިއްޔަތާއި މިނިވަންކަމާއި ގައުމީ ތަރިކަ އޮތީ ހޭނުލެވޭ ވަރަށް ނިދާފައިހެއްޔެވެ.  

ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން ހިއްކާފައި ހުޅުމާލޭން މާސިންގާ ދެބިން ރާޖޫއަށް މުއިއްޒު މިދިނީ ދިވެހިރާއްޖެއަކީ މުއިއްޒުގެ މައިފުށުން ލިބުނު ތަރިކަ މުދާ ގަނޑަކަށް ވެގެން ހެއްޔެވެ. ހުޅުމާލެ ބިމަކީ މުއިއްޒު ވެރިކަމުގައި މުއިއްޒު ހިއްކާފައި އޮތްތަނެއް ނަމަވެސް ރަނގަޅެވެ. މުއިއްޒު މަސައްކަތުން ހޯދި ފައިސާއަކުން ހިއްކިތަނެއް ނަމަވެސް ރަނގަޅެވެ. 

ހިއްކާފައި އޮތް ބިމެއް ރާޖޫއަށް ބިމެއް ހިއްކާ މަތިން ދޭކަށް ނުޖެހެއެވެ. ރާޖޫލައްވާ ހިލޭ ބިމެއް ހިއްކައިގެން އެތަނުން ބިމެއް ދޭނަމަވެސް ރަނގަޅުތާއެވެ. ޔާމީނު ވިދާޅުވާހެން އަތުގައި ވަސީލަތެއް ފައިސާއެއް އިކްއިޕްމެންޓެއް ނެތް ފަރާތަކަށް ބިން ހިއްކަދޭ މަތިން ބަޔަކު ހިއްކާފައި އޮތްތަނެއް ދޭކަށް ނުޖެހެއެވެ. 99 އަހަރަށް ދީގެން މިއުޅެނީ ކުޑަކުޑަ ތަންކޮޅެއް ނޫނެވެ. ހުޅުމާލޭ ފޭސް 1ގެ ދެބަކުޅަ އެއްބައިހާ ބިމެވެ. 

ފުށިދިއްގަރުފަޅާ އަޅުވާ ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން ރާޖޫއަށް ހިލޭ ސާބަހަށް މާސިންގާ ދެބިން ހިލޭ ދީގެން މުއިއްޒު މިއުޅެނީ ރައްޔިތުންގެ ކަރު ބުޑަށް އަތްބަނައި ގޮހޮރު ދަމައިގަނެ ހަނާކޮށްގެން ކަލާށެވެ. އެންމެން މިތިބީ ލޮލަށް މިރުސް އެޅިފައިހެއްޔެވެ. 

ތިނަދޫ އެއަރޕޯޓޭ ކިޔައިގެން ބަޔަކަށް 12 ފަޅުރަށް ދީފިއެވެ. ބަންކަރިންނޭ ކިޔައިގެން އިހަވަންދިއްޕޮޅު ބަޔަކަށް ހިބައިން ދީފިއެވެ. ފުޑް ސެކިއުރިޓީއޭ ކިޔައިގެން އުތުރުތިލަފަޅު ޗައިނާ ކުންފުންޏަކަށް ދީފިއެވެ. ރާޖޫއަށް ހުޅުމާލެއެވެ. ވެރިކަމަށް ހަމަސްނުވެ މުޅި ރާއްޖެ ކޮށާކައި ހުސްކޮށްލަނީއެވެ. 

މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފަސް އަހަރުގެ ވެރިކަމެއް މުއިއްޒުކޮށް ނިންމާލަން ފުރުސަތު ލިބިއްޖެނަމަ ދިވެހިން ތިބޭނީ ރާޖޫމެންގެ ތުނބުން ވެއްޓޭ ބަތްފުށް ހޮވާކާން ބިމަށް ތުން ހެރިފައެވެ. 

]]>
Sat, 06 Apr 2024 16:10:40 +0500 ހީރަސްނިއުސް
މާލޭ ރައްޔިތުން މަގުމަތި ކޮށްލާނެކަމުގެ އިންޒާރުދީފި! https://heerasnews.com/2380 https://heerasnews.com/2380 ރައީސް މުއިއްޒު ސަރުކާރަށް ތާއީދު ނުކުރާ ކޮންމެ ބަޔަކު މަގުމަތި ކޮށްލުމަކީ މުއިއްޒުގެ ވިސްނުމެވެ. ކުރިއަށް އޮތް ފަސް އަހަރަށް ހޮވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ދިނުމަކީ މާލޭ ރައްޔިތުން މަގުމަތިވުން ކަމަށް މުއިއްޒު ބުނީ އެހެން ވެގެންނެވެ. މަޖިލީހުގެ މެޖޯރިޓީ މުއިއްޒަށް ނުލިބިއްޖެނަމަ މާލޭ ރައްޔިތުން މަގުމަތިކޮށްލާނެ ކަމަށް މުއިއްޒު އެބުނަނީ ވަރަށް ފާޅުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ހުރިހާ ގޮނޑި މުއިއްޒަށް ދިނަސް މަޖިލިސް މެޖޯރިޓީ މުއިއްޒަށް ނުލިބެއްޖެނަމަ މާލޭ ރައްޔިތުން މަގުމަތިކޮށްލާނެ ކަމުގެ އިންޒާރު އެއޮތީ ދީފައެވެ. މުއިއްޒުގެ މީހުން ނޫން އެންމެންނަކީ ރައްޔިތުންގެ ހައްގުން މަހުރޫމު ކުރެވޭނެ ބައެއްކަމަށް މުއިއްޒު އެބުނަނީ ލަދެއް ހަޔާތެއް ނެތިއެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ ބޮޗޭގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ގޮސްހުރެ މުއިއްޒު މާލޭ ރައްޔިތުންނަށް އެދިން އިންޒާރަކީ ސަމާސާކަމެއް ނޫނެވެ. ވިސްނާ މުއިއްޒާ ދެކޮޅަށް ރައްޔިތުން ނިކުމެ މުއިއްޒަށް ނޫނެކޭ ބުނަން ޖެހޭ ބިރު ދެއްކުމެކެވެ.

ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަކަން ފާހަގަކޮށް ގެދޮރު ލިބޭނީ މަޖިލިސް ލިބިގެން ކަމުގެ ބިރު ރައްޔިތުންނަށް މުއިއްޒު އެދައްކަނީއެވެ. ހިޔާވަހިކަމުގެ ގޮތުން ރައްޔިތުން ހާލުގައިޖެހިފައިވާ ތިބި ތިބުމުން މުއިއްޒު ނަގަން ދިމާކޮށްފައި އެހުރީ ސިޔާސީ މަންފާއެވެ. ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލަ ސަރުކާރުން ހައްލު ކޮށްދޭނީ މަޖިލިސް ދީގެންނޭ މުއިއްޒު އެބުނަނީ އެހެންވެއެވެ. 

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނަސް ނުދިނަސް ރައީސް ކަމުގައި ހުންނަ މީހާ ރައްޔިތުންގެ ތެރެއިން ވަކި ބަކަށް ނުނިޔަތްލާ އެކަހެރި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭނެއެވެ. ގެންގުޅޭނަމަ އެއީ ވަރަށް ބޮޑުކުށެކެވެ. ހުވަޔާ ހިލާފު ވުމެވެ. ކޮންމެ ބަޔަކު މަޖިލީހަށް ހޮވުނަސް ރައްޔިތުންގެ ހެވާ ލާބައަށް ކުރާކަންކަމުގައި އެއްބާރުލުން ނުދޭނެ ކަމަށް ރައީސް ކަމުގައި ހުރި މީހާ ދެކެން ވެއްޖެނަމަ ރައްޔިތުންގެ ހާލަކީ ކޮބައިހެއްޔެވެ. 

ހަމަތެދެކެވެ. ރާއްޖެއަކީ މުއިއްޒު މައިން ބަފައިންގެ ތަރިކަ މުދާ ގަނޑެއް ނޫނެވެ. ކޮންމެ ރައްޔިތަކަށް އެއްވަރަށް ހައްގު އޮތް ދިވެހީންގެ ދައުލަތެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެވެ. މުއިއްޒުގެ މަޖިލީހެއް ނޫނެވެ. 

200 ކިއްކުރަން ހެއްޔެވެ 300 ގާނޫނު ވިޔަސް ރައްޔިތުންގެ ހެވާލާބައަށް ފާސްކުރަން ޖެހެންޏާ މަޖިލީހުން ފާސްކޮށް ދޭނެއެވެ. މަޖިލީހުގައި ކޮންމެ ބަޔަކު ތިއްބަސް އެކަން ވާނެއެވެ. ރައްޔިތުންގެ ހެވާ ލާބަޔަށޭ ކިޔައިގެން މުއިއްޒު ހިތުހުރި ކަމެއް ކުރަން އަޅުންގެ އަޅުން ނޫނީ ޖާގައެއް ނުދޭނެއެވެ. ގިނަ ރައްޔިތުން ތިބީ ބޭނުންހާ އެއްޗެއް ހަދަން މުއިއްޒަށް މަޖިލީސް ދޭގޮތަކަށް ނޫނެވެ. 

]]>
Thu, 04 Apr 2024 17:54:06 +0500 ހީރަސްނިއުސް
އެމްޑީޕީއަށް ސަރުކާރު ޖަވާބުދާރީ ކުރެވޭތަ! https://heerasnews.com/2377 https://heerasnews.com/2377 ކޮވިޑްގެ އާލަމީވަބާއާއި ޔުކްރޭން ހަނގުރާމައިގެ ހިތި އަސަރު ކިތަންމެ ބޮޑަކަށްވެސް ކުރިއެވެ. ދެއަހަރު ވަންދެން އިގުތިސާދު ހުއްޓި އާމްދަނީ ނުލިބިވެސް ދިޔައެވެ. އެމްޑީޕީއަށް ވެރިކަމެއް ކޮށްލަން ލިބުނީ އެންމެ ތިންވަރަކަށް އަހަރެވެ. އެކަމަކު އެކަން ދެނަހުރީ ކާކުހެއްޔެވެ. ގައުމު ބަނޑަށް ނުޖައްސާ މިއަދާ ހަމައަށް ގައުމު ގެނެސް ދިން ގޮތާމެދު ގިނަ ބަޔަކު ނުވިސްނައެވެ. ވިސްނާކަށް ބޭނުމެއްވެސް ނުވެއެވެ.

މިއަދަކު މިއްޔަކީ ކުރީ ސަރުކާރުން ކުރެވުނު ކަންތައްތަކުގެ ވާހަކަ ދައްކާ އެވިއްކަންވީ ދުވަހެއް ނޫނެވެ. އިބޫގެ ވެރިކަމުގައި ކުރެވުނު ކަންކަން ގިނަ ބަޔަކަށް ބަލައިނުގަނެވުނީތީ ވެރިކަން މިއޮތީ ބަދަލުވެފައެވެ. ވާދަވެރިން ދައްކާނެ ބައިވަރު ވާހަކަ އޮތީ މާޒީއަށް ދޫވެފައެވެ. އަނބުރާ އެކަން އިޔާދައެއް ނުކުރެވޭނެއެވެ. މިއަދަކީ އެކަމާ އުޅެންވީ ދުވަހެއް ނޫނެވެ. 

ތެދެކެވެ. ވެރިކަމާއި މަޖިލީހުގެ ސްޕަރމެޖޯރިޓީ ކިތަންމެ ރަނގަޅަކަށް ވެސް އެމްޑީޕީއަށް ލިބުނެވެ. ކޮންމެ ސަބަބަކާ ހުރެވެސް ބޭނުންވީ ނަތީޖާ އެންމެ ރަނގަޅަކަށް ނުނެރެވުނެވެ. ކުރެވެން ހުރި ކިތަންމެ ކަންކަމެއް ނުކުރެވި ލަސްވެ ފަސްވުމުގެ ސަބަބުން ދޮގުވެރިއެއްގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ދިޔައީއެވެ. އަދިވެސް ހޭއަރާކަށް ނުވޭހެއްޔެވެ.

ސްޕަރމެޖޯރިޓީ ނެތެއްކަމަކު މަޖިލީހުގެ މެޖޯރިޓީ އަދިވެސް އެމްޑީޕީއަށް އެބައޮތެވެ. އޮތް މެޖޯރިޓީގެ ބޭނުން ކޮށްގެން މަގުބޫލުކަމެއް ނެތް ސަރުކާރެއް ޖަވާބުދާރީ ކުރެވޭ ތަނެއް ނުފެނެއެވެ. މާޒީއާއި މުސްތަގުބަލުގެ ވާހަކަ ނުދައްކާ، ހާލަތު އޮތްގޮތަށް ރިއާޔަތްކޮށް މަޖިލީހަށް ކުރެވެނީ ކީއްކަން ވިސްނާލެވޭބާއެވެ. 

  • ގާނޫނާ ހިލާފަށް ރައީސްގެ އަނބިކަބަލުންނަށް ސިވިލް ސަރވިސްއިން ނޯޕޭލީވެއް ދީގެން ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުވުން ހުއްޓުވައެއް ނުލެވުނެވެ.
  • ބަޖެޓުން ބޭރުން ރަސްމާލެ ހިއްކުމުގައި ހުރި މައްސަލަތައް ހައްލުކޮށް ފިޔަވަޅެއް ނޭޅެއެވެ.
  • އޭސީސީއާއި ސަރުކާރާ ގުޅިގެން މާލެ ސަރަހައްދުގެ ބޯހިޔާވަކަމަށް އަޅަމުންދާ ހުރަސްތައް ނައްތައެއް ނުލެވެއެވެ.
  • ގައިރު ގާނޫނީ ތިން ވަޒީރުން ދައުލަތުގެ މުދަލާއި ފައިސާގެ މައްޗަށް ބާރުފޯރުވާ ދައުލަތުގެ ނަމުގައި ކަންކަން ކުރާކުރުމެއް ނުހުއްޓުވުނެވެ. 
  • ކަނޑު ހޯދުމުގެ ނަމުގައި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބޭރު ބަޔަކަށް ދީގެން ދައުލަތް ދަވާލާއިރު އެއީ ކޮންބައެއް ކަމެއް ހަރަދު ކުރަނީ ކިހާ ފައިސާއެއްކަމެއް ބަލާ އެކަން ހުއްޓުވައެއް ނުލެވެއެވެ. 
  • އެތައް ސަތޭކަ ސިޔާސީ މަގާމު އުފައްދައިގެން ދައުލަތުން ފައިސާ އިސްރާފުކުރާ ކުރުމަށް ނިމުމެއް ނުގެނެވެއެވެ. ސިޔާސީ މަގާމުތަކުގައި ތިބީ ކޮންބައެއް ކަމެއް ކިހާވަރަކަށް ކަމެއް ނުބެލެއެވެ.
  • ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ކެންޕޭނު ކުރުމެއް ނުހުއްޓުވައެވެ.
  • ޗައިނާއާއި އެކުވެފައިވާ 20 އެއްބަސްވުމުގެ ހަގީގަތެއް ނުހޯދެއެވެ. 
  • ފަށާފައިވާ އަސާސީ ހިދުމަތް ގާއިމު ކުރުމުގެ ޕްރޮޖެކްޓްތަކުގެ އަދާހަމަ ހޯދާ އެކަންކަން ހިންގައެއް ނުލެވެއެވެ.
  • ދަތުރުފަތުރުން މުޅި ރާއްޖޭ ކަނޑުމަގުން ގުޅާލަން ފެށިފައިވާ މަޝްރޫއުގެ ކޮޅެއް މެދެއް ނޭގެއެވެ. 
  • އިންޑިއާ ސިފައިންނާއި ހެލިކޮޕްޓަރ އޮޕަރޭޝަނާއި ގުޅިފައިވާ މުޅި މައްސަލައިގެ ހަގީގަތެއް ނުހޯދެއެވެ.
  • އުތުރު ތިލަފަޅުގައި ޗައިނާ ލައްވާ ހަދަން އުޅޭ ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ހަގީގަތެއް ނުހޯދެއެވެ.
  • އިހަވަންދިއްޕޮޅު ބަންކަރިންގ މަޝްރޫއުގެ ސިއްރެއް ނުހޯދެއެވެ.
  • ރާއްޖޭގެ ކަންކޮޅުތަކުގައި އަޅަން ބުނާ އެއަރޕޯޓްތަކާއި ގުޅޭ ތަފްސީލްތަކެއް ނުހޯދެއެވެ.
  • އަންޑަރވޯޓާރޓަނަލްގެ ހަގީގަތަކީ ކޮބައިކަމެއް ނުބެލެއެވެ. 

މަޖިލީހުގައި ކުއްލި މައްސަލައެއްގެ ގޮތުގައި ބަހުސްކޮށްލާ ކޮމެޓީއަކަށް ހާޒިރުކޮށްލައިގެން އެކަނި މައްސަލަ ހައްލެއް ނުވެއެވެ. ކަމެއް ކޮޅެއްގައި ޖެހެންދެން މަސައްކަތް ނުކޮށް ސިޔާސީ ގޮތުން ކުޅެލާ ޗަރުކޭހަކަށް ކޮންމެ ކަމެއް ހަދައިގެން ފުއްދާލުމަކީ ޖަވާބުދާރީ ކުރުވުމެއް ނޫނެވެ. އިހުމާލުވާ ބަޔަކަށް ފިޔަވަޅު އަޅުވާ ޝަރީއަތް ހިންގަން ޖެހޭ ކަމެއްގައި ޝަރީއަތް ހިންގާ ހަދަން ޖެހެއެވެ. އިތުބާރުނެތް ކަމަށް ވޯޓުނަގަން ޖެހެންޏާ ވޯޓު ނަގައިގެންވެސް ދައުލަތް ހަމަ މަގަށް އަޅުވަންޖެހެއެވެ. ކެންޕޭނު ޝިއާރަކަށް މިސްރާބު ހަމަމަގަށް ޖަހައިގެން އުޅުނަސް އެއްޔަކީ ޖަވާބުދާރީ ކުރުވުމެއް ނޫނެވެ. 

]]>
Wed, 03 Apr 2024 20:50:15 +0500 ހީރަސްނިއުސް
ގޮށްމުށު ވެރިކަމަކަށް މުއިއްޒު ސިފައިން ތައްޔާރުކުރަނީ؟! https://heerasnews.com/2359 https://heerasnews.com/2359 ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ފެށުމާއެކު އަދުރޭ އިއުލާނުކުރީ މުއިއްޒުވެރިކަމުގެ ދިހަ އަހަރު ފެށުނީ ކަމަށެވެ. އަދުރޭގެ ވާހަކަ މިހެން ހުރި އިރު މުއިއްޒުގެ އަމާޒު ހުރީ ވިހި ތިރީސް އަހަރަށްކަން އެނގެއެވެ. ވިހިތިރީސް އަހަރު ވަންދެން މިޒަމާނުގައި ވެރިކަމެއްގައި ދެމިހުރެވޭނީ ލައްކަ ނުލަފާ ޑިކްޓޭޓަރަކަށެވެ.

ޑިކްޓޭޓަރެއްގެ ނުލަފާކަން ދައްކާ ރައްޔިތުން އޮބި އަޅުވާ މައިތިރި ކުރަން ގާނޫނަކީ މުހިންމު އެއްޗަކަށް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އޮންނާނީ ވިދާޅު ބަސްފުޅު ހަލާލުކުރާ ރަބަރު ސްޓޭމްޕް މަޖިލީހެކެވެ. ވެރިކަމުގެ ހުރިހާ އާރަކާ ބާރެއް ހިންގާދޭނީ ވެރިމީހާއަކީ މުގައްދަސް ފަރާތްކަމަށް ގަބޫލުކުރުވާ ބާރުވެރި ކުރުވާފައި އޮންނަ ސިފައިންނެވެ.

އެހެންކަމުން ސިފައިންނަށް މުއިއްޒު ކަންކަން ކޮށްދޭނެއެވެ. ގެދޮރުވެރިކަން ވެސް ކަށަވަރު ކޮށްދޭނެއެވެ. ބޭސް ފަރުވާއާއި މުދާވެރިކަން ވެސް ކަށަވަރު ކޮށްދޭނެއެވެ. މުޅި ދައުލަތް އެކުގައި ބަންޑުން ޖަހާލައިގެންވެސް މުއިއްޒު ސިފައިންގެ ރުހުން ހޯދާނެއެވެ. ދުނިޔެ ދުށް ހުރިހާ ޑިކްޓޭޓަރުން ހިނގާފައިވަނީ މި މަގުންނެވެ. އީޑީ އަމީނެއް މުގާބޭއެއް ކާސްޓްރޯއެއް ކިޔާނެކަމެއް ނެތެވެ. ދުނިޔޭގައި މިވަގުތު ތިބި ޑިކްޓޭޓަރުންނަށް ބެއްޔަސް އެ ނޫން ސިފައެއް ނުފެނެއެވެ.

ސިފައިންގެ ބޯ ދޮވެލުމަށް ޑިކްޓޭޓަރުން ބޭނުންކުރާ އުކުޅަކީ ގައުމިއްޔަތާއި ދީނެވެ. ގައުމިއްޔަތުގެ ޖާދޫގައި ޖައްސައިގެން ގައުމިއްޔަތުގެ ކުރިބޯއްޓަކީ ވެރިމީހާ ކަމަށް ގަބޫލުކުރާ ވަރަށް ބޯ ދޮއްވާލައެވެ. ވެރި ޑިކްޓޭޓަރާއި ނުލާ ގައުމެއް ދީނެއް ނުއޮންނާނެ ކަމަށް ގަބޫލުކުރާ ވަރަށް ސިފައިންގެ ބޯ ދޮއްވާލައެވެ. ތަފާތު ފިކުރާއި ތަފާތު ވިސްނުމަކީ ބޮޑުފާފައަކަށް ހަދައެވެ. 

ގަބޫލު ކުރިޔަސް ނުކުރިޔަސް ރާއްޖޭގެ ރައީސް ކަމުގައި މިހާރު ހުރި މުއިއްޒު އެދަނީ އެ މަގުންނެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް މުއިއްޒަށް ލިބުނަސް ނުލިބުނަސް ވެރިކަން ކަށަވަރުކޮށް ވެރިކަމުގައި ދެމިހުރުމަށް ސިފައިން ބާރުވެރި ކުރުމުގެ ނަމުގައި ބޯ ދޮއްވުމުގެ މަސައްކަތް ފާޅުކޮށް އެދަނީ ކުރަމުންނެވެ. 

މުއިއްޒު ވަރުގަދަ ޑިކްޓޭޓަރަކަށް ވުމަށްޓަކާ އެހީތެރިކަން ހޯދަނީ އިސްލާމީ ދުނިޔޭގެ މިހާރުގެ ގާއިދަށް ހެދިގެންއުޅޭ އުރުދުގާނުގެ ތުރުކީއާއި ޗައިނާއިންނެވެ. ރާއްޖޭގެ ވެރިކަން ޑިކްޓޭޓަރ ޝިޕަކަށް ފޮރޮޅާލަން މުއިއްޒު އިރުޝާދު ހޯދަނީ ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތް ހުދުމުހުތާރުވެރިންގެ ކިބައިންނެވެ.

ޗައިނާގެ ރައީސަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ގޮތުގައި އޮތް 1.4 ބިލިޔަން މީހުންގެ މައްޗަށް ބާރުހިންގާ ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސްވެރިޔާގެ ގޮތުގައި 2012 ވަނަ އަހަރާއި ހުރުމަށްފަހު 2013 ވަނަ އަހަރުން ފެށިގެން ޗައިނާގެ ރައީސްކަން ކުރަމުންދާ ކޮމިނިސްޓެކެވެ.

އުރުދުގާނަކީ މާވަރުގަދަ އިސްލާމީ ގާއިދަކަށް ހެދިގެން ވެރިކަމަށްޓަކާ ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު މަރާލާ އެތައް ހާސް ބަޔަކު ޒަހަމްކޮށް ވަޒީފާއިން ވަކިކޮށް ހައްޔަރުކުރި ޑިކްޓޭޓަރެކެވެ. ފަލަސްތީނަށް މަދަދުވެރިވަނީ ވެސް އަނގައިންނެވެ. ދީނާއި މުސްލިމުންގެ ނަމުގައި ގަދަ ބަސް ބުނުމާއި ގޮތް ދެއްކުންނޫން ކަމެއް ނެތް އުރުދުގާނަކީ ސިޔާސީ ވާދަވެރިންގެ ވަސް ގައުމުން ފުހެލުމަށް އެންމެ އަނިޔާވެރިކޮށް އަމަލުކުރި ޑިކްޓޭޓަރެވެ.  

]]>
Thu, 28 Mar 2024 17:49:02 +0500 ހީރަސްނިއުސް
މިސްކިތްތަކުގެ އަޑުކަނޑުވާލި ލާދީނީ ސަރުކާރު https://heerasnews.com/2354 https://heerasnews.com/2354 ދީނުގެ ކަންފުޅެއް ހިތުގައި ނެތި ދީނީކަން ބޭރުފުށަށް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލިޔަސް އެކަން ހެއްދެވި ފަރާތަށް އޮޅުވާނުލެވޭނެކަން ހިތަށް ނާރާކަމެވެ.

ޕީޕީއެމް ކިޔަސް ޕީއެންސީ ކިޔަސް ބިރެއް ޖެހިލުމެއް ނެތި އަބަދުވެސް ބޭރު ފުށުން ދީންވެރިކަމާ ގައުމުދެކެ ލޯބިވާކަން ދައްކައިގެން ރައްޔިތުން ވާވެއްދުމަކީ އެމީހުން އެކަން ކުރާ ގޮތެވެ. 

އެމްޑީޕީ އަކީ އަބަދުވެސް އެކަމަށް ޖެހިލުންވާތީ ދީނުން ކަންދައްކައިގެން ހެއްދެވި ފަރާތަށް އޮޅުވާލެވޭނެ ކަމަށް ގަބޫލު ނުކުރާ ޕާޓީ އެކެވެ. އެގޮތަށް ދެފުށް ދެގޮތްވުމަކީ އެންމެ ލާދީނީ މުނާފިގުންގެ ގޮތްކަން އެމްޑީޕީން އަބަދުވެސް ގަބޫލު ކުރެއެވެ.

ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުން ދީނާ ގައުމޭ ކިޔާ ކަރުފެލުނީ ވެރިކަން ހޯދުމުގެ ބޭނުމުގައިކަން މިރޯދަ މަހު މިސްކިތްތަކުގެ އަޑު ކަނޑުވާލި ގޮތުން ވެސް ވިސްނާ ބަޔަކަށް އެނގޭނެއެވެ. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ކުރި ކަމެއްނަމަ ދީނީ އިލްމުވެރިންނޭ ކިޔައިގެން މި ރާއްޖެ ފިތުނަކުރާ ބަޔަކާ ހުރެ ފިސާރި ބޮޑު ދުއްޕާނަކަށްވީހެވެ.

އެއިން މީހެއްގެ އަޑެއް ބަޑެއް ހިލަމެއް މިހާރަކު ނެތެވެ. ވާނީ ވެސް އެހެންނެވެ. ބޭނުންވާ އިއްޒަތާ މަގާމާ ބޮޑު މުސާރައާ ނާޖާއިޒު ފައިދާ ލިބޭ އަމިއްލަ ސަރުކާރު އޮތީ ވެރިކަމުގައެވެ.

ދޮގާ މަކަރާ އޮޅުވާލުން ހައްދުފަހަނަ އެޅިޔަސް މިހާރު އޯކޭ އެވެ. މާލޭ މިސްކިތްތަކުގެ މުންނާރުތަކާ ލޯޑް ސްޕީކަރުތައް މުއިއްޒާ އަދުރޭ ހަފާ ކެޔަސް މިހާރު އެވާނީ އިސްލާމް ދީން ދެކެ ލޯބިން އެބޭފުޅުން އެތަކެތި ފަރީއްކުޅުއްވަނީ ކަމަށެވެ.

]]>
Tue, 26 Mar 2024 13:52:34 +0500 ހީރަސްނިއުސް
މުއިއްޒު އުޅެނީ ގާނޫނުން ބަދެގެން ގޮށްމުށުން ވެރިކަންކުރަން https://heerasnews.com/2352 https://heerasnews.com/2352

ފޮރުވާނެ އެއްޗެއް ނުއޮންނާނެ ކަމަށް ބުނެ ވެރިކަމަށް އެރި މުއިއްޒު އަނެއްކާވެސް އުނބަށް ޖެހީއެވެ. ވެރިކަމަށް އަންނަ ވެގެން އުޅުނު އިރު ކަރުން ނާރުނަގާ ގޮވަމުން ދިޔައީ ހާމަކުރަން ޖެހޭ ވާހަކައެވެ. ސަރުކާރު ކީއްކުރަން ހެއްޔެވެ. ރައީސް މީހާގެ ވަތުއޮޑީގެ ތޭރިއަށް ދާންދެން އޮންނަން ޖެހޭ ކަމަށްވީ ހާމަޔަށެވެ. 

އިބޫ ރައީސް ކަމުގައި ހުރިއިރު ހާމަ ކުރަން ނުޖެހޭ އެކައްޗެއްވެސް އޮތް ކަމަކަށް ނުވެއެވެ. ސަލާމަތީ ގޮތުން އެހެން ގައުމަކާއެކު ވެވޭ އެއްބަސްވުން ވެސް ހުންނަން ޖެހެނީ ދިމްޔާތު ފާރުގައި ހިއްޕާފައެވެ. ބަޑި ގުދަނުގައި ހުރިހާ ހަތިޔާރަކާ ވަޒަނަކާއި ހުންނަން ޖެހެނީ ޖުމްހޫރީ މައިދާނުގައި އަވީލާފައެވެ.

ރައީސް އޮފީހާއި ސަރުކާރުގެ މިނިސްޓްރީ ތަކުން ލިޔާހާ ލިޔުމަކާއި މުއައްޒަފުންގެ ވަތުބަތާނައަށް ދާންދެން އޮންނަން ޖެހޭނީ ނޫސްތަކަށް ނަކަލުކޮށްފައެވެ. ގައުމީ ސަލާމަތާއި ސިއްރަކީ އޭރަކު އޮތް އެއްޗަކަށް ވެގެނެއްނުވެއެވެ.

ރައީސް ސޯލިހު އެހެން ގައުމުތަކުގެ ވެރިޔަކަށް ސިޓީއެއް ފޮނުވިޔަސް ފޮނުވަން ޖެހެނީ މުއިއްޒަށް ދައްކާ އައުވާނުން ފާސް ކުރީމައެވެ. ދިޔަރެހުން ބޭނުންވެއްޖެ ކޮންމެ އެއްޗެއް ހާމަކޮށް ދައްކަން ޖެހެއެވެ. މާލިއްޔަތުގައި ހުންނަ ފައިސާއާއި މުދަލަކީ ވަކި ބަޔަކު ބޭނުންވީމާ ގޮސް ގުނާލެވޭ ގޮތަށް ހުޅުވާލެވިފައި ހަޒާނާ ހުންނަން ޖެހެއެވެ. ސަރުކާރާއި ދައުލަތް ބަރަހަނާކޮށް ގައުމުގެ އަދާވާތްތެރިންނަށް ދައުލަތުގެ ސިއްރުތައް އެނގުން އެއްޔަކީ އޭރަކު މައްސަލައަކަށް އެ މީހުންނަކަށް ނުވެއެވެ. 

މޮރިޝަސްގެ ވެރިޔާއަށް ރާއްޖޭގެ ރައީސް ސިޓީއެއް ފޮނުވައިގެން އެ ސިޓީއެއް ނުދައްކައިގެން ވެސް ހީވީ އުޑުބޮލަށް ވެއްޓިގެން އުޅުނު ހެންނެވެ. އަވަށްޓެރި އިންޑިއާ އާއި އެކު 100 އަށް ވުރެ ގިނަ އެއްބަސްވުން ހަދާފައި އެބައޮތޭ ބުނެ އެޔެއް ހާމަ ނުކޮށްގެން ހީވީ ބިންގަނޑު ފައިދަށުން ދެމިގެން ފާނެހެންނެވެ. 

ޕީއެންސީގެ ވެރިކަމެއްގައި ފޮރުވާނެ އެއްޗެއް ނުއޮންނާނެ ކަމަށް ބުނުމުން ވެރިކަން ހޯދީ އެ ބަޔަކު ދައުލަތުގެ އޮރިޔާން ބަލާހިތުންނެވެ. އެކަމަކު މިހާރު ދައުލަތުގެ އޮރިޔާން ނިވާނުވެގެން އުޅެ ގަތީއެވެ. ފޮރުވާނެއް އެއްޗެއް ނުއޮންނާނެ ކަމަށް ކުރިންބުންޏަސް އެކަމެއް އެހެނެއް ނުވިއެވެ. ހާމަ ނުކޮށްގެން އުޅުނު 100 އެއްބަސް ވުމުން އެންމެ އެއްބަސްވުމެއް ހާމައެއް ނުކުރެވުނެވެ. ނުވިތާކަށް އެއްބަސްވުން ހާމަކުރަން ވެރިކަމަށް އައިމީހުން ވީހާ އެއްބަސްވުންތައް ކުރީ ސިއްރެވެ.

ޗައިނާއާއި އެކު ވެވުނުހާ އެއްބަސްވުންތައް ލާފައިވަނީ ފައިތަޅާ އަޑިއަށެވެ. ޑްރޯން އެއްބަސްވުމާއި މުޅި މުއާމަލާތު ކުރީ ސިއްރެވެ. އިހަވަން ދިއްޕޮޅު ބަންކަރިން އެއްބަސްވުމާއި ތިނަދޫ އިންޓަނެޝަނަލް އެއަރޕޯޓް އެއްބަސްވުމާއި ރަސްމާލެ އެއްބަސްވުމާ ޖަހާލީ މުއިއްޒުގެ ކަބަޑަށެވެ. 

ސަހަރޯއެވެ. މުއިއްޒަށް ވެރިކަމަށް އެރުނީމާ ގައުމީ ސަލާމަތާއި ދައުލަތުގެ ސިއްރަކީ އޮތް އެއްޗަކަށް ވެއްޖެއެވެ. ދިވެހިރާއްޖޭގެ ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވާލަން ޖެހިއްޖެއެވެ. ކްލެސިފިކޭޝަން ލެވެލް ތަކެއް ލައިގެން ދައުލަތުގެ އެކި ވަރުވަރުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ކަށަވަރު ކުރަން ޖެހިއްޖެއެވެ. 

ބުނަން ހެއްޔެވެ. ދިފާއީ ވަޒީރު އެދިނީ ސަމާސާ މެސެޖެއް ނޫނެވެ. ގައްސާނު އެދިނީ ގާނޫނު ތަކުން ބަދެލައިގެން ގޮށްމުށުގެ ވެރިކަމެއް ކުރުމަށް މުއިއްޒު އަމާޒު ހިފައިގެން ހުރިކަމުގެ މެސެޖެވެ. ދައުލަތުގެ ސިއްރު ހިފެހެއްޓުމުގެ ނަމުގައި ރާވަމުން އެދަނީ މާސިންގާ ޖަރީމާއެކެވެ. ގައްސާނު މިއަދު އެދިން މެސެޖަކީ މަޖިލީހުން މުއިއްޒަށް ކިރިޔާވެސް ބާރެއް ލިބިއްޖެނަމަ ގާނޫނުގެ ތެރެއިން ގޮށްމުށުގެ ވެރިކަމެއް ކުރަން ތައްޔާރުވާ ކަމުގެ މަސެޖެވެ. 

]]>
Mon, 25 Mar 2024 18:58:17 +0500 ހީރަސްނިއުސް
ތިބޭ މީހުނަށް ކިޔާނަމަކުން އިންޑިއާއަށް އެޅޭހުރަހެއްނެތް https://heerasnews.com/2316 https://heerasnews.com/2316

ސަރަހައްދު ބެލެހެއްޓުމަށާއި ރެސްކިއު އޮޕަރޭޝަންގައި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓެއް ރާއްޖޭގައި ބޭނުން ކުރާތާ 12 ވަރަކަށް އަހަރު ވެއްޖެއެވެ. އޭގެތެރެއިން އެއް ހެލިކޮޕްޓަރ އޮންނަނީ އައްޑު އަތޮޅު ގަމުގައެވެ. އަނެއް ހެލިކޮޕްޓަރު އޮންނަނީ ހަނިމާދޫގައެވެ. ގެނައިއްސުރެ ވައިގެ އެ އުޅަދުތައް ދުއްވާ ބަލަހައްޓަމުން އައީ އިންޑިއާގެ ޓެކްނިކަލް މީހުންނެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓަކީ އިންޑިއާ އަޝްކަރިއްޔާގެ އުޅަދު ތަކެކެވެ. އަޝްކަރީ އުޅަދު ފަހަރު ދުއްވާ ބެލެހެއްޓުމަކީ އަޝްކަރީ މީހުން ކޮށްއުޅޭ ކަމެކެވެ. އެހެން ކަމުން އެއްބަސްވުމެއްގެ ދަށުން އެ އުޅަނދު ފަހަރު ދުއްވާ ބަލަހައްޓަން ތިބެނީވެސް އިންޑިއާ އަޝްކަރިއްޔާގެ ޓެކްނިކަލް މީހުންނެވެ. އަޝްކަރީ އުޅަނދު ފަހަރު ދުއްވާ ބަލަހައްޓާކަށް މަދަނީންނެއް އެއްވެސް ތާކު ނުތިބޭނެއެވެ. 

ކަނޑުމަގުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ ކޯސްޓް ގާރޑްގެ އުޅަނދު ފަހަރެވެ. ކޯސްޓް ފަހަރު ދުއްވާ ބަލަހައްޓަނީ މަސް އޮޑިފަހަރު ދުއްވާ ކެޔޮޅުންނާއި ފަޅުވެރިންނެއް ނޫނެވެ. ކޯސްޓްގާރޑް އުޅަދު ފަހަރު ދުއްވާ ބަލަހައްޓަނީ ރާއްޖޭގެ ސިފައިންގެ ތެރޭގައި ތިބި އެކަމުގެ ޓެކްނިކަލް މީހުންނެވެ. މަދަނީންނެއް ނޫނެވެ. 

ސިޔާސީ ގޮތުން ކިތަންމެ ބޮޑަށް މަތިއަޅަން އުޅުނަސް ރާއްޖޭގައި ގެންގުޅޭ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓްގެ ކަންކަން ކުރާނީ އިންޑިއާގެ އަޝްކަރިއްޔާއިންނެވެ. އެތާނގެ ޓެކްނިކަލް މީހުންނެވެ. އިންޑިއާގެ އާއްމުންނެއް ނޫނެވެ.

އިންޑިއާއަކީ އަޝްކަރީ ގޮތުން ކުޅޭކުޅޭ ގައުމެއްނޫނެވެ. އިންޑިއާގެ އަޝްކަރީ އުޅަދުތަކެއް މަދަނީންނާ ހަވާލުކޮށްފައި ބޭއްވުމަކީ މުސްތަހީލު ކަމެކެވެ. ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓް ދުއްވާ ބަލަހައްޓަން ކުރިއަކުވެސް މިހާރަކުވެސް ރާއްޖޭގައި ތިބީ ހަތިޔާރުއެޅި ހަނގުރާމަ މަތީ އިންޑިއާ ސިފައިނެއް ނޫނެވެ. އޭރުވެސް މިހާރުވެސް ތިބީ ޓެކްނިކަލް މީހުންނެވެ.   

އައްޑޫގައި ތިބި އިންޑިއާ ސިފައިން ފުރާފައިވާ ކަމަށް ބުނެ އޮޅުވަލާނެ ކަމެއް ނެތެވެ. ކުރިން ގަމުގައި ތިބި އިންޑިއާ ސިފައިން ފުރީ ކަމަށް ވެދާނެއެވެ. އައްޑޫ ގަމުގައި އޮތް ހެލިކޮޕްޓަރާ ހަވާލުވީ އިންޑިއާގެ 26 މަދަނީން ކަމަށް މުއިއްޒު ސަރުކާރުން ބުންޏަސް އެއީ ތެދެއް ނޫނެވެ. އައްޑޫ ގަމުގައި އޮތް ހެލިކޮޕްޓަރާ ހަވާލުވީ އިންޑިއާގެ 26 މަދަނީން ކަމަކަށް އިންޑިއާއަކުން އެންމެ ފަހަރަކުވެސް ނުބުނެއެވެ.  

އިންޑިއާއިން މިހާތަނަށް ބުނަމުން އަންނަނީ ރާއްޖެ ފޮނުވީ އެ ގައުމުގެ ޓެކްނިކަލް މީހުން ކަމަށެވެ. އިންޑިއާއިން ފޮނުވީ މަދަނީންކަން ކަށަވަރުކުރާ ގޮތެއް މިހާތަނަށް މުއިއްޒު ސަރުކާރަކަށް ބުނެއެއް ނުދެވެއެވެ. ބުނެއެއް ނުވެސް ދެވޭނެއެވެ. މުއިއްޒު ސަރުކާރުން އެބުނާ މަދަނީންގެ ފޮޓޯއެއް ނަމެއްހާ ހިސާބު ވެސް އަދި ހާމައެއް ނުކުރެވެވެ.

ހަމަ އެކަނި އިންޑިއާއިން އެކުރާ ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ އަޝްކަރިއްޔާގެ ޓެކްނިކަލް 89 މީހުންގެ ގެންގޮސް އައު ބެޗެއް ޑިއުޓީއަށް ފޮނުވުމެވެ. މަދަނީންނޭ ކިޔަސް ޓެކްނިކަލް މީހުންނޭ ކިޔަސް ސިފައިންނޭ ކިޔަސް އިންޑިއާއަށް މާ ބޮޑު ފަރުވާލެއްނެތެވެ. އަޝްކަރީ އެ ތިން އުޅަނދު ރާއްޖޭގައި ބާއްވައިގެން އިންޑިއާއިން ނަގަން ބޭނުންވާ ފައިދާއެއް ނެގުމަކަށް ތިބޭ މީހުނަށް ކިޔާނަމަކުން އެޅޭ ހުރަހެއްނެތެވެ. 

]]>
Mon, 11 Mar 2024 20:35:13 +0500 ހީރަސްނިއުސް
ހިންގުމުގެ ނަމުގައި 03 ބިލިޔަން ތާޅާ ބުރުއްސާލައިފި! https://heerasnews.com/2312 https://heerasnews.com/2312 ރާއްޖޭގެ ތާރީހުގައި ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓް ފާސްކުރީ މިއަހަރަށެވެ. ބޮޑު ބަޖެޓާއެކު ހިންގަންފެށި މުއިއްޒު ސަރުކާރުން ތާކުންތާކު ޖެހޭ އެއްވެސް ކަމެއް މިއަހަރު އަދި ނުކުރެއެވެ. ކަމެއް ކަހަލަ ކަމެއް ނުކުރެވުނަސް ހެޔޮތާއެވެ. މިއަހަރުގެ މިހާ ހިސާބަށް އައި އިރު 7 ބިލިޔަން ރުފިޔާ ބަޖެޓުން ހަރަދުކޮށް ފިއެވެެ.

އޭގެތެރެއިން ލޯނު ދެއްކުމަށް ހަރަދުކޮށްފައިވަނީ އެންމެ 564.7 މިލިޔަން ރުފިޔާއެވެ. ކެޕިޓަލް ހަރަދަށް ހޭދަކޮށްފައިވަނީ 1.2 ބިލިޔަނެވެ. 5.2 ބިލިޔަން ހަރަދުކޮށްފައި ވަނީ ރިކަރަންޓް ހަރަދަށެވެ.

ރިކަރަންޓް ހަރަދުގެ 2.1 ބިލިޔަން ހޭދަކޮށްފައި ވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ގޮތުގައި މި އަހަރުގެ ބަޖެޓުން ހޭދަކޮށް ފައިވަނީ އެންމެ 836 މިލިއަން ރުފިޔާއެވެ. އަނެއްކޮޅުން އިދާރީ ހިންގުމުގެ ނަމުގައި 03 ބިލިޔަން ރުފިޔާ ތާޅާ ބުރުއްސާލާފައިވެއެވެ. ކިހާ ތާހިރު ހެއްޔެވެ. ވެރިކަމެއް ބަދަލުވެ ކަންކަން ރަނގަޅުވުމުގެ އެއްވެސް އިހުސާސެއް ނުވެއެވެ.

އަނެއްކޮޅުން ދައުލަތަށް މިދިޔަ މަހުގެ ނިޔަލަށް އަމްދަނީގެ ގޮތުގައި ލިބުނީ 6.5 ބިލިއަން ރުފިޔާއެވެ. ލިބުނު އާމްދަނީގެ 5.6 ބިލިޔަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 817 މިލިއަން ރުފިޔާއެވެ. ހުސްވި އަހަރު އެ މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 6.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިކަމުން އެނގިގެން ދަނީ ކުރީ ސަރުކާރުން އާމްދަނީ ހޯދަން ކުރި ކަމަކުން ލިބުނު އެއްޗެއް ފިޔަވާ މިސަރުކާރުން އަމްދަނީ ހޯދަން ކުރި ކަމަކުން އެންމެ ސެންޓެއްވެސް ދައުލަތަށް ވަދެފައި ނެތް ކަމެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައި އެތައް މަޝްރޫއެއް ހިންގަމުން ދިޔައިރު މިދިޔަ އަހަރުގެ އެމުއްދަތުގައި ދައުލަތުން ހަރަދުވެފައިވަނީ 8.8 ބިލިޔަނެވެ. އެކަމަކު ހައްދަވައިގެން ކަމެއް ނުކޮށް 7 ބިލިޔަން ރުފިޔާ މި ސަރުކާރުން އެމުއްދަތުގައި މިވަނީ ހޭދަކޮށްލާފައެވެ. ކަމަކަށްވާ ކަހަލަ ކަމެއް ކުރިނަމަ ދައުލަތުގެ ހަރަދު އަރައިގެން ދާނެވަރު އޮތީ ހިތައް އަރުވާލުމެވެ.

]]>
Sun, 10 Mar 2024 14:34:59 +0500 ހީރަސްނިއުސް
އުޝާމު ދައުލަތުން މުސާރަ ނެގުން ހުއްޓުވަންޖެހޭ! https://heerasnews.com/2306 https://heerasnews.com/2306 ސެޓްލްމަންޓް ކޮމެޓީން ބަދަލުދޭން ނިންމީ ގާނޫނާއި ގަވައިދާ އުސޫލުގެ ތެރޭންތޯ ބެލުމަށްވުރެ ބޮޑީ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އުޝާމު ނިންމާ ނިންމުން ތަކުގެ ގާނޫނީ ސައްހަކަމާ މެދުގައި ގޮތް ނިންމުމެވެ. ނުބައިކޮށް ވަދެހުރެ ކިތަންމެ ރަނގަޅަށް ނިންމާ ނިންމުމަކީ ނުބައެކެވެ. ދައުލަތުގެ ބަންޑާރަ ނައިބުކަމުގައި ހުރުމަށް ރައްޔިތުންގެ މަޖިލީހުން ނުރުހޭ ކަމަށް ނިންމަފައިވާ މީހަކަށް ބަންޑާރަ ނައިބުކަމެއް ނުކުރެވޭނެއެވެ. އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ.

ޑރ. މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގައި ރައްޔިތުން މަޖިލީހުން ރުހުން ނުދިނީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ބަންޑާރަ ނައިބުގެ ކަމުގައި އަލްއުސްތާޒު އަހުމަދު އުޝާމް ހުރުމަށެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ހާލަތު އަދި ބަދަލެއް ނުވެއެވެ. ބަންޑާރަ ނައިބު ކަމަށް އަލްއުސްތާޒް އަހުމަދު އުޝާމް އައްޔަނުކޮށް މަޖިލީހަށް ރުހުން ހޯދަން ފޮނުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ބަންޑާރަ ނައިބުގެ ގޮތުގައި އަހުމަދު އުޝާމް ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށެވެ. 

ރައްޔިތުން މަޖިލީހުން ނުރުހޭ ކަމަށް ނިންމާފައި ވަނިކޮށް ދެވަނަ ފަހަރަށް ވެސް އުޝާމް ބަންޑާރަ ނައިބު ކަމަށް އައްޔަނު ކުރީ ހަމަ އެ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދައުރެވެ. ހަމަ އެ ކެބިނެޓެވެ. ހަމަ އެ މަގާމެވެ. ހަމަ އެ އުޝާމެވެ. އެއްވެސް ތަފާތެއް ނެތެވެ. ހާލަތައް ސިފައަށް ކުޑަވެސް ބަދަލެއް ނާދެއެވެ. 

ރައްޔިތުން މަޖިލީހުން ވަކި މީހަކު ވަކި ވުޒާރާއެއްގައި ވަޒީރަކަށް ނުވަތަ ބަންޑާރަ ނައިބަކަށް ބެހެއްޓުމަށް ނުރުހޭ ކަމަށް ކަނޑައަޅާފައި ވަނިކޮށް ހަމަ އެ މީހާ ހަމަ އެ މަގާމަށް އައްޔަނު ކޮށްގެން ތިބުމަށްވުރެ ގައިރު ގާނޫނީ އެއްވެސް ކަމެއް ދައުލަތެއްގެ ތެރޭގައި ނުހިނގާނެއެވެ. 

ވަޒީރަކަށް އިތުބާރު ނެތިގެން މަގާމުން ދުރުކުރުމާއި ރައިސާއި ނައިބު ރައީސް މަގާމުން އަޒުލު ކުރުމާއި މަޖިލީހުން މީހަކަށް ވަކި މަގާމަކަށް ރުހުން ނުދިނުމާ އޮތީ ކޮން ތަފާތެއް ހެއްޔެވެ. އެ ހުރިހާ ކަމެއްގެ ހަގީގީ ނަތީޖާއަކީ އެ މީހަކަށް މަގާމު ގެއްލުމެވެ. މަގާމުގައި ދެމި ނުހުރެވުމެވެ. 

މުޅި ގާނޫނު އަސާސީގެ ރޫހަކީވެސް ރައްޔިތުންގެ ރުހުންނެތް މީހަކު ދައުލަތުގެ ކަމަކާ ހަވާލުވެގެން ހުއްޓަ ނުދިނުމެވެ. ރައީސާއި ނައިބު ރައީސް ކަމަށް އާދެވެނީ އާންމު އިންތިހާބެއްގައި ވޯޓުދޭ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ލިބިގެންނެވެ. މަޖީލީހު މެންބަރަކަށް ވެވެނީ ދާއިރާއިން އެންމެ ގިނަ ވޯޓު ލިބިގެންނެވެ. ވަޒީރުކަމުގެ މަގާމުގެ ޒިންމާތަކާއި ހަވާލު ވެވޭނީވެސް ދެމިހުރެވޭނީ ވެސް މަޖިލީހުގެ ރުހުން އޮވެގެންނެވެ. 

ދައުލަތުގެ ބަންޑާރަ ނައިބުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ގާނޫނީ ހައިސިއްޔަތުނެތި ހިންދުކޮޅަކަށް ވެސް މީހަކަށް ހުރެވިގެން ނުވާނެއެވެ. މަޖިލީހުގެ ރުހުން ނެތް ބަންޑާރަ ނައިބެއް ވިޔަސް ވަޒީރެއް ވިޔަސް ދައުލަތުގެ ކަމަކާ ހަވާލުވެ ގޮތް ނިންމެއް ނުނިންމޭނެއެވެ. މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ ފައިސާ އާއި ތަކެތި ބޭނުން ކޮށެއް ނުހެދޭނެއެވެ. އަދި ދައުލަތުގެ މުދަލާ ފައިސާ ހޭދަކުރަން ހުއްދަދީ ހެދިގެން ވެސް ނުވާނެއެވެ. އެއްވެސް ކަމެއްގައި ދައުލަތް ތަމްސީލުކޮށް ބަސް ބުނެވިގެން ވެސް ނުވާނެއެވެ. އުޝާމާއި ރުހުން ނެތް ވަޒީރުން ދައުލަތުން ނަގާ މުސާރަ ނެގުން ހުއްޓުވަން ޖެހެއެވެ.   

]]>
Wed, 06 Mar 2024 18:43:07 +0500 ހީރަސްނިއުސް
މުއިއްޒު ކިބައިން ފާޅުވަނީ ފިރުއައުނީ ސިފަ! https://heerasnews.com/2292 https://heerasnews.com/2292 ރާއްޖޭގެ ރައީސް ކަމުގައި މިހާރު ހުރި މުއިއްޒު މަސައްކަތް ކުރަނީ ގޮނޑިކޮއްކޮ ރައްޔިތުންގެ މަޖިލީހެއް ހޯދުމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައީސަކަށް ހުންނަ މީހާ އެޅިހާ ބަތަކަށް ރިހައަޅާދޭން ތިބޭ ބައެއް ނޫނެވެ. މަޖިލީހަކީ ސަރުކާރުގެ ރަބަރު ތައްގަޑެއް ވެސް ނޫނެވެ. ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމަލުތައް ހުރީ ބަޔަކަށް ތަބާވާ އަޅުންތަކެއް ގޮތުގައި ކަމަށް މުއިއްޒު ސިފަކުރަނީ މުއިއްޒުގެ އަޅު ބަޔަކަށް މަޖިލިސްގެ މެންބަރުން ނުވެގެންނެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ރޯދަމަހު ބާއްވަން މުއިއްޒު ހަންކެނޑެނީ ކޮން މޮޅެއް ހޯދަން ހެއްޔެވެ. މަޖިލީހުގެ އިންތިހާބަކާ މުއިއްޒަކާ ކޮންބެހޭ ކަމެއް ހެއްޔެވެ. ކޮންމެ ތާރީހެއްގައި އިންތިހާބު ބޭއްވިޔަސް އިންތިހާބު ބާއްވާ ތާރީހަކީ މުއިއްޒު ކަނޑައަޅަން ޖެހޭ އެއްޗެއް ނޫނެވެ. އިންތިހާބު ބާއްވާނެ ތާރީހު ކަނޑައަޅާނީ އިލެކްޝަންސް ކަމިޝަނުންނެވެ. އިލެކްޝަންސް ކަމިޝަނަކީ ސަރުކާރުގެ އޮފީހެއް ނޫނެވެ. ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައި އޮންނަ ތަނެއް ނޫނެވެ. އިލެކްޝަންސް ކަމިޝަނަކީ ގާނޫނު އަސާސީން އުފައްދާފައި އޮންނަ މިނިވަން ތަނެކެވެ. އެތަން ޖަވާބު ދާރީ ކުރުވަން އޮންނަ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ.

އިލެކްޝަނުން ކުރާކަންތަކަށް ގޮތް ފާޑުކިޔާ އެތަން ހަމަ މަގުން ކައްސާލަންޏާ ހަމައަކަށް އަޅުވާނީވެސް މަޖިލީހުންނެވެ. އިލެކްޝަނުން ކުރާ ކަމަކާ މުއިއްޒަކާ ކީކީހެއްޔެވެ. މުއިއްޒު އެ އުޅޭ ފާޑުން އިލެކްޝަންސް ކަމިޝަނަކީ ވެސް މުއިއްޒޭ ހީވެއެވެ. އިންތިހާބު ބާއްވާނެ ދުވަސް ކަނޑައަޅާ ހިސާބަށް ރައީސް ކަމުގައި ހުންނަ މީހާ ދިޔައިމާ ކަންކަމަށް މުއިއްޒުގެ ނުފޫޒު ފޯރުވުން އޮތްވަރު ކިތަންމެ ރަނގަޅަށް ސާބިތުވެއެވެ. 

އިންތިހާބު ބާއްވާ ދުވަސް ކަނޑައެޅުން ފަދަ ކަންކަމަށް އެހާވަރަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާއިރު ޝަރީއަތްތަކަށް އަތްނުބަނާ މުއިއްޒެއް ނުހުންނާނެއެވެ. ގާނޫނު އަސާސީގެ ދަށުން ވެރިކަން ހޯދާ އެ ގާނޫނު އަސާސީގެ ދަށުން ބާރުތައް ހޯދައިގެން ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މުއިއްޒު ދިމާކޮށްފައި ހުރީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. 

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ތަންފީޒު ކުރަނީއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީ ތިބޭ މީހުންނަށް ވަޒީރުކަން ދީގެން ދައުލަތުގެ މާލިއްޔާއިން އެ މީހުނަށް ހަރަދުކޮށް އެ މީހުން ލައްވާ ދައުލަތުގެ މާލިއްޔާއިން ހަރަދުތައް ކުރުވާ އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ދައުލަތަށް ދެނީއެވެ. ގައިރު ގާނޫނީ ބަންޑާރަ ނައިބަކު ލައްވާ އިސްތިއުނާފް ކުރެވެން ނެތް މައްސަލައެއް ދުނިޔޭގެ ގާނޫނުތަކާ ހިލާފަށް އިސްތިއުނާފް ކުރުމުގެ ނަމުގައި ގޮތް ނޭނގޭ ބަޔަކަށް ދައުލަތުން މިލިޔަނުން ހަރަދު ކުރުވަނީއެވެ. ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ބަޔަކާ ކޮށްފައިވާ އެގްރިމަންޓް ތަކެއް ހުއްޓާ ޝަރުއީ ހުކުމެއްނެތި ގޯތިތަކާ ފްލެޓްތައް ނިގުޅައި ގަންނަނީއެވެ. މަޖިލީހުގެ ރުހުން ނުހޯދާ ބަޖެޓްގެ ބޭރުން މާލިއްޔަތު ގާނޫނާ ހިލާފަށް ދައުލަތް ޒިންމާވާ ގޮތަށް ފަޅުތަކާއި ބިންތަކާ ގޮތް ނޭނގޭ ފަރާތްތަކަށް ދެނީއެވެ. 

ރައްޔިތުންގެ މަޖިލިސްދެކެ ރުޅި އަރައިގަނެގެން މުއިއްޒު މިއުޅެނީ ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް މަޖިލީހާ ހެދި ނުކުރެވިގެންނެވެ. "އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް ވޯޓު ދިނުމުގަ ތަބާވާ އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ" ކުރަން ހެޔޮވާވަރު ކަމެއް ނޫންކަން މުއިއްޒަށް އެނގުނީތީ އުފާވެއެވެ. އެފަދަ ބަޔަކު މަޖިލީހަށް އިންތިހާބު ވެއްޖެނަމަ " ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ،" ކަމަށް މުއިއްޒު ބުނީމާ އެކަމާ އެއްބަސް ވެއެވެ. މުއިއްޒު އެބުނާ ވައްތަރުގެ އަޅުންތަކެއް މަޖިލީހަށް ވައްދަން އުޅެނީ މުއިއްޒެވެ. ހަމަ ހިލާ އެކަން އެހެން ވިޔަ ދީގެން ނުވާނެއެވެ. 

މުއިއްޒު ބޭނުންހާ ގޮތަކަށް މަޖިލިސް އަޅުވެތިކޮށްގެން ގެންގުޅެވޭ މަޖިލީހެއް މި ރާއްޖޭގެ ރައްޔިތުން ހޮވައެއް ނުދޭނެއެވެ. ހުސްގޮޑިއެއް ދައްކައިގެން ފޮޓޯއެއްގެ ނިވަލުގައި ދޮގު ވިއްކައިގެން ވެރިކަމަށް އާދެވިއްޖެއެވެ. އެކަމަކު މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހެއް ހޮވާދޭކަށް ރައްޔިތުން ތައްޔާރެއް ނޫނެވެ. ގިނަ ބަޔަކަށް ވޯޓުލާން ފުރުސަތު ބަންދުކޮށްގެން ރޯއްދަ ވީއްލާ ގަޑީގައި ވޯޓު ފޮށިތައް ހިލާލަން މުއިއްޒަކަށް ރައްޔިތުން ޗާންސެއް ނުދޭނެއެވެ.

މަޖިލީހުގެ ކޮންޓްރޯލު ހޯދަން 13 މެންބަރުން ގަނެގެންވެސް މުއިއްޒަށް ހަމަ ނިންޖެއް ނުނިދުނު ނޫން ހެއްޔެވެ. ކޮށިއަރައިގެން ލޮނުމަދުކޭ ގިތެލެއްހެން އެއް ބިތުގައި ޖެހި އަނެއް ބިތުގައި ޖެހެމުން ތިޔަ ދުވަނީ ގައިމު ވަރެއްވެފާ ހުރެގެންތާއެވެ. ދައުލަތް ނޮޅާ ކާލަން ހުރި ދަހިވެތި ކަމެއްގެ ބޮޑުކަމުންކަން ކުޑަ ކުއްޖާއަށް ވެސް އެގޭނެއެވެ.

ރަށްރަށު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކާއިރު ތިމާގެ މަސްއޫލއްޔަތުގެ ދަށުގައި ތިބި ރައްޔިތުންގެ ތެރެއިން ބަޔަކަށް ނިސްބަތްކޮށް ބައެއްގެ އަޅުންތަކެއް ކަމަށް ސިފަކުރާނީ ބަޔަކު އަޅުވެތި ކުރުމުގެ ނުބައި ވިސްނުން ބޮލުތެރޭގައި ހިނގަ ހިނގާ ހުންނާތީއެވެ. ފާޅުކަން ބޮޑުކޮށް މިހާރުވެސް އުޅެނީ އިލެކްޝަނަށް އަތް ބާނައިގެންކަން މުއިއްޒުގެ އަމަލާ ބަހުން ސާބިތުވެއެވެ. ރައްޔިތުންގެ އިންތިހާބު ކޮށްފައި ތިބި ބަޔަކު ގަނޑުކޮށް ގަނެގެން ގެންދަން ކެރޭވަރަށް ލަދު ހަޔާތް އަރުއްވައިގެންފައިވާ ވެރިއަކު ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. މޮޔަ ގެރިއެއްހެން ހިނގަމުންދާ މަޖިލީހުގެ ތަޅުމަށް މުއިއްޒު ވަދެގަނެ އެތަން ހިސޯރުކުރާ މަންޒަރު ސިކުނޑީގެ ލޮލަށް އެބަ ފެނެއެވެ. ވެރިކަމަށް ދުވަސް ވީވީހެން މުއިއްޒުގެ ކިބައިން ފާޅުވަމުން ދަނީ ފިރުއައުނީ ސިފަތައް ނޫން ދެވަނަ އެއްޗެއް ނޫނެވެ. 

]]>
Wed, 28 Feb 2024 23:07:59 +0500 ހީރަސްނިއުސް
ކަނޑު ހޯދާދޭ ނަމުގައި މިލިޔަނުން ޑޮލަރު ކައްވާލަނީ! https://heerasnews.com/2288 https://heerasnews.com/2288 ރާއްޖޭއާއި މޮރޮޝަސް އާއި ދެމެދުގައި އޮންނަ ކަނޑުގެ އިގްތިސާދީ ސަރަހައްދީ އިމުގައި ހައްލު ކުރަން ޖެހޭ ފުށުއެރުމެއް އޮތްކަމަށް ކަނޑައަޅާ އެކަން ބަލަން ނިންމީ އިޓްލޮސްގެ ނުވަ ފަނޑިޔާރުން ހިމެނޭ ހާއްސަ ޗެންބަރަކުންނެވެ. ރަށެއްގެ އޮޑި ހަރުގެއަކުން ނޫނެވެ. އެހެން ނޫނަސް އިޓްލޮސްގެ ނިންމުމަކީ ހަމަޖެހޭ ނިންމުމެއް ނޫންކަމަށް ކަނޑައަޅަށް ގައިރު ގާނޫނީ ބަންޑާރަ ނައިބު އަހުމަދު އުޝާމަކީ ކާކު ހެއްޔެވެ.

އިޓްލޮސްއިން އެ މައްސަލަ ބަލަން ނިންމީ މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ކުރި ދައުވާއަށް އިންކާރުކޮށް ފަސް ނުކުތާއެއް ފާހަގަކޮށް ރާއްޖޭން އިންކާރު ކުރަމުން ދަނިކޮށެވެ. ރާއްޖޭން ފާހަގަ ކުރި ނުކުތާތަކުުން ދެނުކުތާއެއް ބަލައިނުގަތީ 9 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެހެން ނުކުތާ ތަކަށް ރާއްޖޭއާއި އެއް ކޮޅަށް ތާއީދުކުރީ އެންމެ ފަނޑިޔާރެކެވެ. އަނެއް 8 ފަނޑިޔާރުން ރާއްޖޭގެ ނުކުތާތައް ބަލައެއް ނުގަތެވެ. އެހެން ކަމުން މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އޮތްކަމަށް ބުނެ މޮރިޝަސްއިން ދައުވާކުރި މައްސަލައަކީ އިޓްލޮސްއަށް ނުބެލޭނެ މައްސަލަ އަކަށްވާ ރޮކެޓް ސައިންސެއް ރާއްޖޭގެ ގައިރު ގާނޫނީ ބަންޑާރަ ނައިބު ހޯދީމާ އަންނަނީ ހިންޏެވެ. ކޮންމެ ކަމެއްގައި އޮޅުވާލައިގެން ސިޔާސީ ޑްރާމާ ކުޅެން ނޫޅޭށެވެ.

އެތަނެއްގެ ނިންމުމެއް އިސްތިއުނާފް ނުކުރެވޭ 21 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ކޯޓެއް ކަށްމަށްވާ އިޓްލޮސްއަށްވުރެ ރާއްޖޭގެ ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް މާބޮޑީތާއެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ. ހަބީރުންނާ ހަވާލާ ދީގެން ބޮޑެތި ނޫސް ބަޔާން ނެރުނަސް ތިޔަ ހޮއްލަނީ ހަމަ ހޮޅިއެވެ.

ރާއްޖޭގައި ހުންނެވި ކަނޑުގެ ގާނޫނީ މާހިރު ޑރ. މުނައްވަރުގެ ނަން ބޭނުން ކުރަނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. އިގިރޭސިވިލާތާއި އެހެން ތަންތަނުން ހަބީރުން ހޯދާއިރު ރާއްޖޭގައި ހުންނެވި ޑރ. މުނައްވަރުގެ ގާނޫނީ ލަފާ ހޯދަން މަސައްކަތްކުރާ ވާހަކަ ތިޔަ ބުނަނީ ތިޔަ ގިރާ ރަނބައިގާ ޑރ. މުނައްވަރު ބައިވެރިވެ ވަޑައިނުގަތުމުން ނޫން ހެއްޔެވެ. ޑރ. މުނައްވަރަކީ އުޝާމް ކަހަލަ ގައިރު ގާނޫނީ ބަންޑާރަ ނައިބަކު ހާވާ ހަޑިއެއްގައި އުނގުޅޭ ވަރަށްވުރެ ވިސްނުން ތޫނު ބޭފުޅެކެވެ.

އަނެއް ކޮޅުން ހޯދައިގެން އުޅޭ ބައިނަލްއަގުވާމީ ހަބީރުންނަކީ ވެސް މޮޔަބައެއް ނޫނެވެ. އެއްވެސް ބަޔަކަށް ތެޔޮވަޅެއް ފެނުނީމާ ބައިތޯލާ ތެޔޮ ނަގާފާ ތެޔޮވަޅު ފޮރުވައެއް ނުލާނެއެވެ. ކަނޑު ހޯދާދޭ ނަމުގައި އެ މީހުން ބޭނުން ވާނީ ނެގެން އޮތް އެންމެ ގިނަ އަދަދަކަށް ފައިސާ ނަގާށެވެ. ކަނޑު ހޯދާދޭ ނަމުގައި ކުރަމުން މިދާކަމަކީ މުއިއްޒު އިސްވެ ހުރެ ބައި އަޅައިގެން މިލިޔަން މިލިޔަނުން ދައުލަތް ދަވާލުމެވެ. 

އިޓްލޮސްގެ ނިންމުމަކީ އިސްތިއުނާފް ކުރެވޭ ކަމެއް ނޫނެވެ. ގެއްލުނު ކަނޑުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ވާހަކަ މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ބޮޑުކޮށް ލިޔެގެން ދޮގު ވިއްކާއިރު އެކަމަކީ އިސްތިއުނާފް ނުކުރެވޭ ކަމެއްކަން ނޭގުނެވެ. އިސްތިއުނާފް ނުކުރެވުނަސް ގޭނި ހުސްވެގެން ވެސް ބޮޑު ވަރަކަށް ކުރެވޭނެ ކަމަކީ އިޓްލޮސްގެ ހުކުމުގައި އޮޅުމެއް އޮތްކަމަށް ދައްކައިގެން މާނަ ކުރަން ހުށަހެޅުމެވެ. ނޫނީ އިޓްލޮސްގައި އެ ޝަރީއަތް ހިނގިއިރު އޮވެމެ، އެ ޝަރީއަތުގައި ރިއާޔަތް ނުކޮށް ދޫކޮށްލެވިފައިވާ ކަމެއް ދައްކައިގެން މައްސަލަ ރިވިއު ކުރުމަށް ހުށަހެޅުމެވެ. ދެ ކަމަކީވެސް ހަރަދު ބޮޑު އުދަނގޫ ދެކަމެވެ. ކާމިޔާބު ކުރެވިދާނެ ކަމަށް ކުޑަވެސް އުންމީދެއް ނެތް ކަމަކަށް ދައުލަތުން މިލިޔަން މިލިޔަނުން ޑޮލަރު ބޭކާރު ކޮށްލުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑުގޮތް ކަމަށް ވާނަމަ އެކަން ވާނީ ކޮންމެހެން ކުރާށެވެ. 

75 މޭލަށް ވުރެ ބޭރުން މަސްވެރިކަން ކުރުން މަނާ ދިވެހި މަސްވެރިންނަށްޓަކައި ސަރުކާރުން ކޮށްދޭން މާ ރަނގަޅު ކަންތައް އެބަހުއްޓެވެ. ޗާގޯސް ކަނޑާ ހިފުމަށްވުރެ އުތުރުން ދޫވެފައިވާ މަލިކާއި ލެކެޑިވްސް ކަނޑު ހޯދަން އުޅުނިއްޔާ ދިވެހި މަސްވެރިންނަށް މާ ރަނގަޅުވާނެއެވެ. އެ ހިސާބުގައި މިހާރު ވެސް ދިވެހި މަސްވެރިންނަށް ޖެހޭ ދުއްތުރާ ނުލާހިކު ބޮޑެވެ.

އިޓްލޮސްގެ ނިންމުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފް ކަމަށް ބުނާ، ގައިރު ގާނޫނީ ބަންޑާރަ ނައިބުގެ ގައިރު ގާނޫނީ ކަން މާބޮޑެވެ. ފުރަތަމަ ހައްލު ކުރަން ޖެހޭ ކަމަކީ ދައުލަތު ގާނޫނީ ވަކީލް (ބަންޑާރަ ނައިބު) ގާނޫނީ އިމުގެ ތެރެއަށް ވެއްދުމެވެ. ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަހުމަދު އުޝާމް ކުރާ އެއްވެސް ކަމަކީ ގާނޫނީ ސައްހަކަން ލިބިގެންވާ ކަންކަމެއް ނޫނެވެ. ބަންޑާރަ ނައިބުކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުދިން މީހަކު މަތި މައްޗަަށް އައްޔަނު ކުރިޔަސް ވާނީ ގައިރު ގާނޫނީ ބަންޑާރަ ނައިބަކަށެވެ. ރައްޔިތުން މަޖިލީހުން ނިންމީ އުޝާމު ބަންޑާރަ ނައިބުކަން ކުރުމަށް ނުރުހޭ ކަމަށެވެ. 

]]>
Tue, 27 Feb 2024 17:35:43 +0500 ހީރަސްނިއުސް
މުއިއްޒަކީ މަޖިލީހުގެ ކޮންޓްރޯލްދޭން ހެޔޮވާވަރު މީހެއްނޫން https://heerasnews.com/2275 https://heerasnews.com/2275 ރާއްޖޭގެ ސިޔާސީ ނިޒާމާއި ދުސްތޫރީ ނިޒާމު ރޭވިފައި އޮތީ ސަރުކާރުން ބޭނުން ވީމާ ބޭނުންހާ ގޮތެއް ހެދޭ ގޮތަށް ނޫން ކަމުގެ ކަންބޮޑުވުން މުއިއްޒު އައްޑޫގައި ފާޅު ކޮށްފިއެވެ. ރާއްޖޭގެ ދުސްތޫރީ ނިޒާމަކީ ރައްޔިތުންގެ މަޖިލިސް ސަރުކާރާ އެއްކޮޅަށް ނުލިބިއްޖެ ނަމަ މުއިއްޒު ހިތުހުރިހާ ކަމެއް ހިތުހުރި ގޮތަކަށް ކުރުމަށް ހުރަސް އެޅިގެންދާ ނިޒާމަކަށް ވެގެން އެކަމާ މުއިއްޒު ވަރަށް ކަންތައް ބޮޑުވެއްޖެއެވެ.

ކުރިން ހީކުރެވުނީ މުއިއްޒު މަޖިލީހުގެ މެޖޯރިޓީ ހޯދަން މިއުޅެނީ ރައްޔިތުންނަށް ހެވެއް އެދިގެން ކަމަށެވެ. ރަނގަޅު ކަންތައް ތަކެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އެކަމަކު ހަގީގަތަކީ އެއީ ނޫންކަން މިހާރު ވަރަށް ސާފެވެ. މުއިއްޒަށް ދުސްތޫރީ ނިޒާމު ކަމު ނުދިޔަކަން އެނގުނު ހިސާބުންނެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީ ބޭނުން ވެގެން މުއިއްޒު އުޅެނީ ކީއްވެކަން ރޭކާލައިފިއެވެ. މުއިއްޒުގެ ބޭނުމަކީ ގަދަފަދަ ކަމާއި ނޭއްގާނި ކަމާއިއެކު ގޮށްމުށުގެ ވެރިކަމެއް ކުރުމެވެ. 

މަޖިލީހުގެ މެޖޯރިޓީ މުއިއްޒު ހޯދަން އުޅެނީ ރައްޔިތުނަނަށް ހެވެއް އެދިގެން ކަންތައް ތަކެއް ކޮށްދޭ ކަށެއް ނޫނެވެ. މަޖިލީހުގެ މެޖޯރިޓީ ނުލިބުނަސް ރައްޔިތުންގެ ހެވާލަބައަށް ކޮށްދޭ ކަންކަން ކުރުމަކަށް ސަރުކާރަކަށް ދުސްތޫރީ ހުރަހެއް ނުއޮންނާނެއެވެ.

ތިން ބާރު ވަކިވެފައިވާ ޗެކް އެންޑް ބެލެންސް ނިޒާމެއް ރާއްޖޭގައި ގާއިމުކުރީ އޮޅެގެނެއްނޫނެވެ. މުއިއްޒު ކަހަލަ ގޮށްމުށުގެ ވެރިންވެސް ވެރިކަމަށް އަތުވެދާނެކަން ރައްޔިތުންނަށް އެނގޭތީއެވެ. ހިތު ހުރިހާ ކަމެއް ހިތުހުރި ގޮތަކަށް ކުރަން ފުރުސަތު ނުދޭށެވެ. ވަކި ވަރަކަށްވުރެ ބޮޑަށް ވެރިއެއްގެ ކޮންޓްރޯލަށް މަޖިލިސް ހިނގައްޖެނަމަ ވާގޮތްވެސް ރާއްޖެ ތަޖުރިބާ ކޮށްފިއެވެ. 

އަމްދުން މުއިއްޒަކީ ވެރިކަމުގައި ހުއްޓާ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ދޭން ހެޔޮވާވަރުގެ މީހެއް ނޫނެވެ. މަޖިލީހުގައި މުއިއްޒަށް ވަފާތެރި މެންބަރުންނެތިގެން އެންމެ ފަހުންވެސް ރިޝްވަތުދީގެން 13 މެންބަރުން ގަތީއެވެ. މެންބަރުން ގަތުމަށްފަހު އެމެންބަރުން ބޭނުން ކޮށްގެން މަޖިލީހުގެ މެންބަރުންގެ ވާޖިބަށް މުއިއްޒު ހުރަސް އެޅީ ނިކަން ހުތުރު ކޮށެވެ.

ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުން ފަދަ ކުޑަކުޑަ ކަމެއްގައި މަޖިލީހުގެ ނިޒާމް ގެއްލުވާލާ މަޖިލީހުގެ ތެޅުމަކީ ގުޅަކުޅޭ ފަސްގަޑަށް މުއިއްޒު ބަދަލު ކުރުވިއެވެ. މުއިއްޒުގެ ސިޔާސީ މުއައްޒަފުން ގްރީން ޒޯނަށް ނެރުވާ އެމީހުން ލައްވާ މަޖިލީހަށް އުކުވީ އޮއްގަލެވެ. މަޖިލީހުން ރުހުން ނުދިނީމާ ހަމައެމީހާ ރުހުން ނުދިން ވުޒާރާގެ ވަޒީރު ކަމަށް އިސްކުރަނީއެވެ. އެއް ވުޒާރާއަކަށް ތިން ހަތަރު ވަޒީރުން ލަނީއެވެ. މަޖިލީހުން ބަޖެޓް ނުދީ ޕްރޮޖެކްޓެއް އުނިކުރިޔަސް އެކަމެއް ބަޖެޓަށް ވަގަށް ހިންގާލަނީއެވެ. މިވަރު މީހަކަށް މަޖިލީހުގެ ކޮންޓްރޯލު ލިބިއްޖެނަމަ ނުބައި ނުލަފާކަން ދައްކާލާނެ ވަރު އޮތީ ހިތައް އަރުވާލުމެވެ. 

]]>
Tue, 20 Feb 2024 10:08:54 +0500 ހީރަސްނިއުސް
އަނގަޔާ އަތާ ދިމާނުވީމާ ޖަކޫޒީގައި އޮތަކަނުދޭނެ! https://heerasnews.com/2267 https://heerasnews.com/2267 ސަރުކާރުގެ މާލީ ނިޒާމް އިސްލާހު ކުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ހުރިހާ ސަރުކާރަކުން ވެސް ހުއްޓާނުލާ އެވާހަކަ ދައްކައެވެ. ދަރަނިވެރި ވާހަކައާއި ސަރުކާރުގެ ހަރަދުތައް ބޮޑު ވާހަކައެވެ. މާލީ ނިޒާމު އިސްލާހު ނުކޮށް ދައުލަތް ހިންގެން ނެތް ވާހަކައެވެ. ސަރުކާރުގެ ހިންގުން ބަދަލުވާ ކޮންމެ ފަހަރަކު ކުރީ ސަރުކާރުން މިސްމެނޭޖްކޮށް ދައުލަތް ދަރުވާލާފައި އޮންނަ ވާހަކަ ދައްކައެވެ. ވެރިކަމަށް އައުމުގެ ކުރީން ކީހާ ޅެން ވެރިކަމަށް އައުމާއެކު ފަރިއްސަށް ބަދަލު ކޮށްލައެވެ. 

ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. އަހާށޭ ބުނާނަމޭ ކިޔައިގެން ދުރާލާ ރާވައިގެން ސުވާލު ދީގެން ތިޔަހެން ދައްކާ ވާހަކައަކަށް މީހުން މިހާރަކު ނުހެއްލޭނެއެވެ. ޕަބްލިސިޓީ ހޯދަން ތިޔަކުރާ ކަންތަކަށް މީހުން ޖަހަނީ ޖޯކެވެ. ކުރަނީ މަލާމާތެވެ. ޖެހެނީ އަނގަ ގަޅިއެވެ. ތިޔަ ހުރިހާ ބައިސާއެއް ކަނޑާއިރު އެކަންކަން ކުރާނެ މާލީ ހަކަތައެއް ނެތެވެ. ސަރުކާރު އޮތީ ދޮޅިފެނުގައެވެ. ކިތަންމެ ކުރަން ބޭނުން ނުވިޔަސް މުއިއްޒަށް އެހެން ގޮތެއް ނެތެވެ.

މަލްޓިޕާޓީ ވެރިކަމާއެކު ރައްޔިތުންނަށް ހިލޭ ބޭސް ކޮށްދޭން ސަރުކާރުން ފެށިއެވެ. އައިޑީކާޑަކީ ހެލްތު އިންސުއަރެންސް ކާޑަކަށް ހެދިއެވެ. އެޑްމިޓް ނުވިޔަސް ބޭހާއި ފަރުވާ އާސަންދައިން ކޮންމެ މީހަކަށްވެސް ލިބެމުން އައެވެ. މި ސަރުކާރަށް ވީފަހުން އާސަންދަ ދެވޭ އުސޫލު ބަދަލުކޮށް އާސަންދައިގެ ހިދުމަތްދޭ މިންގަނޑު ބަދަލު ކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެންނަށް އާސަންދަ ދިނުން ލަހެއްނުވެ ހުއްޓާލަނީއެވެ. 

މުސާރަ ބޮޑުކުރުމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރުން މުއައްޒަފުންގެ މުސާރަތައް ކުޑަކުރުމުގެ މަސައްކަތް ފަށައިފިއެވެ. ގިނަ އަދަދެއްގެ ސަރުކާރު މުއައްޒަފުން ވަޒީފާއިން ވަކި ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. 

ފަށައިގެން ހިނގަމުން އައި ތަރައްގީގެ ޕްރޮޖެކްޓްތައް އެކި ހަމަ އަޅުވައިގެން ދަނީ ހުއްޓާލަމުންނެވެ. އާ ޕްރޮޖެކްޓަތައް ސަރުކާރުގެ ހަރަދުގައި ނުފެށުމަށް އޮތީ ނިންމާފައެވެ. 

އެކި ނަންނަމުގައި އައު ޓެކްސްތައް ތައާރަފް ކުރަން ދަނީ ރޭވެމުންނެވެ. ނަގަމުންދާ ޓެކްސްތައް ބޮޑުކުރަން އޮތީ ނިންމާފައެވެ. ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުން ޓެކްސް ނޫން ގޮތް ގޮތަށާއި ޖޫރިމަނާގެ ގޮތުގައި ވީހާވެސް ގިނައިން ފައިސާ ނެގޭނެ ގޮތަކަށް ހިދުމަތްތައް ދިނުން ދަނީ އިންތިޒާމު ކުރަމުންނެވެ.

ތެލާއި ޕެޓްރޯލަށް ސަރުކާރުން ދެމުންދާ ސަބްސިޑީ ކަނޑާލަނީއެވެ. ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތަށް ދޭ ސަބްސަޑީ ކަނޑާލުނީއެވެ. ނަތީޖާއެއްގެ ގޮތުން ކަރަންޓަށް ނަގާ އަގުގެ ރޭޓް ބޮޑުވެގެން ދާނެއެވެ. 

ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލުމަށް ވެސް ދަނީ ވިސްނަމުންނެވެ. އަތްފޯރާ ފަށުގައި ކާބޯތަކެތި ލިބޭކަށް އޭރަކުން ނުހުންނާނެއެވެ. 

ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލާ ކުންފުނި ތަކުގެ ކޮންޓްރޯލު ދައުލަތަށް ގެއްލޭ ވަރަށް ކުންފުނިތައް ޕްރައިވަޓައިޒްކޮށް ކުރުމަކީވެސް އޮތް ވިސްނުމެކެވެ.  

ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރާ ރައްޔިތުންގެ އަތުން ބޮޑެތި ފީތައް ނެގުމަށް ދަނީ ރޭވެމުންނެވެ. ދީފައިވާ ބައެއް ސިޔާސީ މަގާމުތައް އުވާލާ ސިޔާސީ ވެރިން ތަކެއް މަގުމަތިކޮށްލުމަކީ ވެސް ގެންގުޅޭ ވިސްނުމެކެވެ.

ދައުލަތެއްގެ ކަންކަން މިދަރަޖައަށް ވެއްޓުނީމާ ބަނގުރޫޓް ނުވާ ކަމަކަށް ނުވާނެއެވެ. ކިތަންމެ މަތިއަޅާ ނިވާކުރަން އުޅުނަސް ކުރިއަށް އޮތީ ރާއްޖެއަށް ބިރުވެރި ދަތި ދުވަސް ތަކެކެވެ. ބަނގުރޫޓޭ ނުކިޔާވެސް ތިބެވިދާނެއެވެ. ރައްޔިތުންގެ އަނގަޔާ އަތާ ދިމާނުވީމާ ޖަކޫޒީގައި ގައިމޮޑެން އޮތަކަ ނުދޭނެއެވެ.

]]>
Sat, 17 Feb 2024 16:19:35 +0500 ހީރަސްނިއުސް
ބަނގުރޫޓް ނުވަނީސް މުއިއްޒުގެ ވެރިކަން ނިންމަންޖެހޭ! https://heerasnews.com/2266 https://heerasnews.com/2266 އިއްތިހާދު ސިފައިން ވަށައިގެން އަރާ ބަގުދާދު ތަޅާލަންދެން ވެސް ސައްހާފު ބުނަމުން އައީ އިއްތިހާދީންގެ ގަބުރުސްތާނަކަށް ބަގުދާދު ހަދާލާނެ ވާހަކައެވެ. އާހިރުގައި ބަގުދާދު ވީ އިރާގް ސިފައިންގެ ގަބުރުސްތާނަކަށެވެ. 

ސައްހާފެކޭ ރާއްޖޭގެ އިގްތިސާދީ ވަޒީރު ސައީދެކޭ އެއްވެސް ތަފާތެއް ނެތެވެ. އަދިވެސް ސައީދު ބުނަމުން އެދަނީ " ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަނީ" ކަމަށެވެ. "އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން" ބަޔަކު ދައްކާ ވާހަކައެއް ކަމަށެވެ.

ގައުމުތައް ބަނގުރޫޓު ހާލަތަށް ވެއްޓުމުން އެހާލަތުން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ދޭ ހާއްސަ ޕްރޮގްރާމް ރާއްޖެއަށް ހުށަހެޅުނު ކަން ދޮގުކުރިޔަސް އެއްޔަކީ ދޮގެއް ނޫނެވެ. ބަޔަކު ފިލާތިބެ ދައްކާ ދޮގު ވާހަކަ އެއްވެސް ނޫނެވެ. އައިއެމްއެފްގެ ބަނގުރޫޓް ޕްރޮގްރާމްގައި ރާއްޖެ ބައިވެރިވާން ނުޖެހޭކަމަށާއި ރާއްޖޭގެ އިގުތިސާދީ ހާލަތު އައްނަނީ ކުރީން ލަފާކުރި ވަރަށް ވުރެންވެސް ބާރަށް ރަނގަޅު ވަމުން ކަމަށް ބުނެ ސައީދު މިއުޅެނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. 

ހުސްވި މަހު ސަރުކާރުން މުސާރަ ދޭނެ ފައިސާ ނެތިގެން ވިއްކަން އުޅުނު ހުރިހާ ބޮންޑެއް ނުވިކުނެވެ. ވިކުނު ބޮންޑަށް ލިބުނު ފައިސާކޮޅާ ސިލޯނު ބޭންކާއި އެހެން ބައެއް ބޭންކުން ހޯދި ފައިސާއިން މަސް ފެށުނު އިރު މުއައްޒަފުންނަށް މުސާރަ ދެވުނީ ކިރިޔަ ކިރިޔާއެވެ. މަސްވެރިން އަތުން ގަނެފައިވާ މަހަށް ފައިސާއެއް ނުދެވެއެވެ. ރާއްޖޭގައި ހުރި ބޭންކް ތަކުގައި ޑޮލަރެއް ނެތެވެ. ބޭރުން މުދާގަންނަން ވިޔަފާރިވެރިންނަށް ޓީޓީ ހަދާ ދިނުމަށް ބީއެމްއެލް ވަނީ ނުކުޅެދިފައެވެ. ބަޖެޓް ސަޕޯޓްގެ ގޮތުގައި ދަރަންޏަށްވެސް ފައިސާ ދޭނެ ބަޔަކު ނުވިއެވެ. ހިންގާ މަޝްރޫއު ތަކަށް ދޭންޖެހޭ ފައިސާއެއް ނުދެވެއެވެ. އިންވެސްޓް ފޯރަމު ދިޔައީ ފަނުފުލުންނެވެ. 

ސިޔާސީ ހަމަޖެހުމެއް ގައުމުގައި ނެތެވެ. ބޭރުބަޔަކު އިތުބާރު ކުރެވޭ ފަދަ މާހައުލެއް މިހާރަކު ރާއްޖެއަކު ނެތެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީން އޮތީ ބޮއިކޮޓް މޯލްޑިވްސް ޖައްސާފައެވެ. އެކަމުން ވާކަމެއް އޮތް ކަމަކަށް ބޮޑާކަމުން ގަބޫލެއް ނުކުރެއެވެ. ފަހުގެ ތާރީހުގައި އަވައްޓެރި ސްރީލަންކާއަށް އަންނަ ޓޫރިސްޓުން ރާއްޖެއަށް ވުރެ މާމަދެވެ. އެކަމަކު މިއަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވުރެ މާގިނައިން ލަންކާއަށް ޓޫރިސްޓުން އެބަ އާދެއެވެ. 

މިހިނގާ މަހުގެ 7 ވަނަ ދުވަހު އައިއެމްއެފް އިން އެވަނީ ރާއްޖެއަށް ބަނގުރޫޓް ވާކަމުގެ އިންޒާރު ދީފައެވެ. ބަނގުރޫޓް ޕެކޭޖަށް ހުޅުވާލާފައެވެ. އެކަންވެސް ސިފަކުރީ އައިއެމްއެފުން މުއިއްޒަށްކުރި ތައުރީފެއް ގޮތުގައެވެ. ސައްހާފު ވެވޭނީ ހަމަ އެހާކަށް ވަރަށެވެ. 

ކުރިއްސުރެ ރާއްޖޭގެ ވިޔާފާރި ތަކަށް މުދާ ގެނެސް ގުދަން ކޮށްފައި ހުރުމުންނާއި ކުރީން ހައްދާފައި ހުރި މުދާ ބޭރުން އަދި އަންނަން ހުރުމުން ބާޒާރުގައި ހުރި މުދާ މަދުކަމަށް އަދި ނުފެނިދާނެއެވެ. ބަޒާރުން ބޮޑު އަގުގައިވެސް މުދާލިބޭނީ ހުރި އެއްޗެއް ހުސްވަންދެނެވެ. ހުސްވާ މުދަލެއް ފަސޭހަކަމާއެކު އެތެރެކުރެވޭނީ ވިޔަފާރި ވެރިންނަށް ބޭނުންވާ ޑޮލަރު ލިބޭނަމަތާއެވެ. ބީއެމްއެލް ކާޑުން ނެގޭ ޑޮލަރު ރޭޓް ދަށްކޮށްލުމާއި ބާޒާރިަށް އައު މުދާ އެތެރެވުމަށް ދަތިވުމާއި މިހުންނަނީކީ ސަމާސާ ކަންކަމެއް ނޫނެވެ. މިހުރީ ހައްތަހާވެސް ބަނގުރޫޓްވުމުގެ ނިޝާންތަކެވެ.

ޗައިނާއިން ހުރިހާ ކަމެއް ހަމަޖައްސާ ދޭނޭކަމުގެ ހުވަފެން އަވައްޓެރި ސްރީލަންކާއިން ދާދި މިދާކަށް ދުވަހު ދުއްޓެވެ. ކަން ނިމުނީ ހަންބަންޓޯޓާ ބަނދަރު ޗައިނާއަށް އަތުލާ ރައްޔިތުން ނިކުމެ ރިޔާސީ ގަނޑުވަރުގައި ބޮނޑިބަތް ކައްކާ ގޮވާލަން ކައްކައިގެންނެވެ. ލަންކާއަކީ އާއްމު ދިރިއުޅުމުގައި އަމިއްލަ ކަންކަން އަމިއްލައަށް ކޮށްގެން ކާލައިގެން ބޯލައިގެން އުޅުނު ރައްޔިތެއް އޮތް ގައުމެކެވެ. އެމީހުންނަކީ ރާއްޖެހެން ދުވަހުން ދުވަހަށް ބޭރުން ތަކެތި ނުލިބިއްޖެނަމަ ނުކައި ނުބޮއި ތިބޭވަރަށް ވުރެ ކެއުން ބުއިމުގައި ބޭރަށް ބަރޯސާވުން ކުޑަ ގައުމެކެވެ. އެމީހުން ބަނގުރޫޓް ވެގެން ދިޔައީ ތެލާ ގޭހަށް ޖެހިގެންނެވެ. 

ރާއްޖެއަކީ ތެޔޮ ނުލިބެއްޖެނަމަ މަސްވެރިކަމާއި ދަތުރު ފަތުރު އެއްކޮށް ހުއްޓޭނެ ގައުމެކެވެ. މިއަދަކު ކާކަށް މަގޫފަތެއް ނެތެވެ. އާއްމު ހާލަތުގައިވެސް ކާއްޓާ ކުރުނބަލަކީވެސް ތަދު އެއްޗިއްސެވެ. ކާބޯތަކެއްޗާއި ގޭހާ ތެލާ ލިބުމަށް ކުޑަވެސް ތާއްޓެއް ވެއްޖެނަމަ ހަތަރެސްކަން ރާއްޖެއަށް ހަމަވާނެއެވެ. މަވެތި ގައުމިއްޔަތުގެ އަވާގައި ޖެހިގެން އަވައްޓެރިންނާ ގުޅުން ކަނޑާލާ ސަބަބު ތަކުގައި ހިފުމެއްނެތި ރިޒްގް ދެއްވަނީ މާތް ރަސްކަލާގެއޭ ބުނެ ބޮޑާވެ ގަތުމުގެ ނަތީޖާ ހިތިގޮތަކަށް ނުފެނިއެއް ނުދާނެއެވެ. 

އިގްތިސާދީ ވަޒީރު ތުރާކުނު ސައީދު އެބުނާހާ ފަހިކޮށް އޮތްނަމަ ދިހަ އަހަރަށް ފަހު އެމްއޭސީއެލްގެ ޗެއަރމަން އެމްޔޫ މަނިކު އިސްތިއުފާ ދިނުމާއި ފިނޭންސް މިނިސްޓްރީގެ ބަޖެޓް ކޮންޓްރޯލަރ އިސްތިއުފާ ދިނުމާއި މީރާގެ ވެރިޔާ އިސްތިއުފާ ދޭންވީ ކީއްކުރަން ހެއްޔެވެ. ގާނޫނާ ހިލާފަށް ބީއެމްއެލް ބޯޑުން ބަޔަކު ވަކިކޮށް ވަކިކުރި ބައެއް މީހުން އައްޔަނުކޮށް އުނބަށްޖެހުން މިހުރިއްޔަކީ އާދައިގެ ކަންކަމެއް ނޫނެވެ. ބަނގުރޫޓް ވަމުން ދާކަމުގެ ކޮޅުމައްޗެވެ.

ބޮޑުތަދުގެ ފަހުން ރާއްޖެދުން އެންމެ ބިރުވެރި ދަތި ކޮވިޑްގެ ވަބާއިގައި ގައުމަށް ބައި ސެންޓް ވެސް ނުވަދެ 3 އަހަރު ވީއިރު ގައުމު ބަނގުރޫޓް ވިޔަނުދީ ދަތިކަމުގެ ކުޑަވެސް އިހުސާސެއް ރައްޔިތުންނަށް ވިޔަނުދީ ބަޔަކު ގައުމު ހިންގިއެވެ. އެއަށްވުރެ މާ ރަނގަޅަށް ގައުމު ހިންގާ ދޭނަމޭ ބުނެ ގައުމާ ހަވާލުވެ 3 މަސްނުވެ ގައުމު ބަނގުރޫޓް ކޮށްލާފައި ކުރީގެ ސަރުކާރޭ ބުނެ މުއިއްޒުމެނަށް ބޯދަމައެއް ނުގަނެވޭނޭއެވެ.

ހަމަތެދެކެވެ. ގައުމު އެކީ އެކައްޗަކަށް ބަނގުރޫޓް ވުމުގެކުރިން ގައުމު ސަލާމަތް ކުރަން ޖެހެއެވެ. ގާނޫނީ ހަމަތަކުގެ މަތީން ރުންކުރު މަވެތި މުއިއްޒުގެ ވެރިކަން ނިންމަން މިހާރު މަޖުބޫރެވެ. އެކަން ވާން އޮތީ މަގުމަތިންނަމަ މަގުމަތިން ވިޔަސް މުއިއްޒުގެ ވެރިކަން ނިންމަން ޖެހެއެވެ.  

]]>
Fri, 16 Feb 2024 17:00:32 +0500 ހީރަސްނިއުސް
ވަތްކަޑާލަން އުޅުނު އިންޑިއާ އުނގަށް މުއިއްޒު ވެއްޓެނީ؟ https://heerasnews.com/2246 https://heerasnews.com/2246 ޑރ. މުއިއްޒަށް ދެއްކޭ ނުދެއްކޭ ވާހަކަ އެބަ އެނގޭ ހެއްޔެވެ. ސީނު ކަރަޔަށް ބޮޑު ފައުޖެއް ގޮވައިގެން ގޮސް ބޮޑުފާރު ފޮތުގައި އިނގިރޭސި ބަހުން ނުބައިކޮށް ލިޔުނުހެން މުއިއްޒު ކުރާ ކޮންމެ ކަމެއް އޮންނަނީ ފަހުން އިސްލާހު ކުރަން ޖެހިފައެވެ. އުނބަށް ޖަހަން ޖެހިފައެވެ. އުނބަށް ޖަހަން ނުޖެހޭ ވަކިކަމެއް މުއިއްޒަށް އެބަކުރެވޭ ހެއްޔެވެ. 

ވެރިކަމަށް އަރާގޮތަށް ދޫކޮށްލަން ބުނި ޔާމީނު އެހުރީ ބަންދުގައެވެ. މުއިއްޒަށް ވެގެން ވިއްޔާ ޔާމީނު ދުލެއް ނުކުރާނެއެވެ. ވެރިކަމަށް އަރާގޮތަށް ބާލަން ބުނި އިންޑިއާ ސިފައިންގެ ބޭލުނީ ޔުނީފޯމެވެ. ފޮނުވާލަން ބުނި ޑޯނިއަރ ބޯޓާއި ހެލްކޮޕްޓަރުތައް ޖެހުނީ ބޭނުން ކުރަން ބަހައްޓާށެވެ. ގެއްލުނު ކަނޑު ކަންތައްވެސް ގޮސް ނިމެނީ އޮތްބަޅަށެވެ.

ވަޒީފާއިން ވަކި ނުކުރާން ބުނި މުއައްޒަފުން ކަނޑަނީ ފަތުއަޑު ކިޔާފައެވެ. ސިފައިންނާއި ފުލުހުންނަށް ބޮޑުކުރަން ބުނި މުސާރަ އޮތީ އިބިލީހު ކައިވެންޏަށް ވެފައެވެ. މަދު ކުރަން ބުނި ސިޔާސީ މަގާމުތައް ގިނަވެ އިށީންނާނެ ގޮނޑިމޭޒެއް ނެތެވެ. ރަށްރަށުގައި ފަށައިގެން ކުރިއަށް ގެންދިޔަ މަސައްކަތްތައް ނުހުއްޓާ ކުރިއަށް ގެންދަން ވައުދުވެ އެކަންކަން ނުކޮށް ކުރަން އުޅެނީ ވުޖޫދުގައި ނެތް ބަޖެޓްގައިނެތް ކަންކަމެވެ. 

އެވާހަކަ ބާއްވާފައި ކޮންފްރަންޓޭޝަނަށް ދާން ނޫޅޭ ވާހަކަ ދައްކަމާހެއްޔެވެ. ވެރިކަމަށް އެރީ އިންޑިއާ އައުޓް ކުރާށެވެ. ހާހުން ދެހާހުން އިންޑިއާ ސިފައިން ތިބެގެން އެމީހުން ބާލާށެވެ. ވެރިކަމަށް އައީ ކުރީގެ ވެރިންނަށް އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑިއަށް ދެވެނީ އިންޑިއާއިން ހުއްދަ ލިބިގެން ކަމަށް ބުނެ އެކަން ހުއްޓުވާށެވެ. ދާހިލީ ކަންކަމުގެ ތެރެއަށް އިންޑީއާ ހަންފަތުރާފައި އޮވެގެން އެކަން ނިމުމަކަށް ގެންނާށެވެ. 

ވެރިކަމުގައި ތުރުކީއަށް ދަތުރެއް ކޮށްލެވުމުން ހީވީ އެހެން ކަމެއް ހެންނެވެ. ރާއްޖެއަށް ކޮއްތު ދަރާ ބޯފެން ދޭނެ ބަޔަކީ ތުރުކީ ކަމަށް ހީވެ އެހެން ބަޔަކު ނެތަސް ހެޔޮވެ ފާޅުގައި އިންޑިއާ ރައްޔިތުންނާ ވެރިންނަށް ފުރައްސާރަ ކުރަން ނުކުތީއެވެ. ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުރިއިރު ހޭހަންކޮށް ހަންޑިހައްލަން ގެންގުޅުނު ކުދިން ކޮޅަށް ޑެޕިއުޓީ މިނިސްޓަރުކަން ދީގެން އެ މީހުންގެ މަސައްކަތަކަށް ހެއްދީ މީސްމީޑިއާގައި އިންޑިއާއަށް ފުރައްސަރާ ކުރުމެވެ.

ޗައިނާއަށް ދަތުރެއް ކުރެވި ގޮތް ނޭނގޭ އަޑިނޭނގޭ އެއްބަސްވުން ތަކެއްގައި ސޮއިކޮށް އެހީގެ ގޮތުގައި ޑޮލަރު ކޮޅެއް ދޭން ބުނުމުން މުއިއްޒުގެ ދުނިޔެ ރަންވިއެވެ. ޗައިނާއިން އައިގޮތަށް އައިސް މާލެވެސް ނާރާ ވަށިވަށިން އިންޑިއާއަށް ދިނެވެ. އިންޑިއާއިން ބްލީ ކުރަނީ ކަމަށާއި ބެކްވާޑްގައި ބާއްވައިގެން އުޅޭކަމުގެ ތުހުމަތުކޮށް ސައިޒު އޮޅެގެން ޗެލެންޖު ކުރީ މުއިއްޒެވެ. މުއިއްޒު ކޮންފްރަންޓޭޝަނަކަށް ދާކަށް ނޫޅެއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ހުރި އައިޖީއެމްއެޗް ގެ ބަދަލުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ މައި ހޮސްޕިޓަލަށް ހަދަން ނީންމީ މުއިއްޒެވެ. މިވަރުގެ ކުދިކުދި ކަންކަން މުއިއްޒު އިންޑިއާ އާއި ދެކޮޅަށް ކުރިއެވެ. ޒަމާނުއްސުރެ ދިވެހިން ބޭސް ފަރުވާއަށް ދިޔަ އިންޑިއާގެ ބަދަލުގައި ބެންކޮކާއި ޑުބާއީއަށް ފޮނުވަން ނިންމީ މުއިއްޒެވެ. އިންޑިއަށް ނުފޮނުވާން އެއަރ އެމްބިއުލާންސްގެ ހިދުމަތް ލަންކާއާއިއެކު ގާއިމުކުރަނީ މުއިއްޒެވެ. ސަރަހައްދު ބަލަހައްޓަން އިންޑިއާއިން ހޯދި އެހީތެރިކަން ނިމުމަކަށް ގެނެސް ތުރުކީން ޑްރޯން ގެނެސްގެން ސަރަހައްދު ބަލަހައްޓަން ނިންމީ މުއިއްޒެވެ. ކަނޑު ދިރާސާ ކުރުން އިންޑިއާ އަތުން އަތުލާ އެމަސައްކަތް ޗައިނާއާ ހަވާލުކުރީ މުއިއްޒެވެ. ކޮންފްރޮންޓޭޝަނަކަށް ދާކަށް މުއިއްޒު ނޫޅޭ ނޫންހެއްޔެވެ.

ބުނެވި ދިޔަ ހުރިހާ ސަކަރާތެއް ޖެހިފަހުން މުއިއްޒު ދައްކާ ވާހަކައިގެ ރާގު ބަދަލުވާން ފަށައިފިއެވެ. އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްދޯނި ފަހަރަށް ހަތިޔަރާއެކު އެރުމުން ސިޔާދަތާއި މިނިވަންކަމުގެ ފަލަ ރަތް ރޮގުގެ ވެރިޔާ މުއިއްޒަށް ޗުއްޕުވެސް ނުބުނެވުނެވެ. ނަން ނެގޯޝިބަލް އިންޑިއާ އައުޓް ނެގޯޝިބަލް ކަމަކަށް ހަދާ ސިއްކަޖަހާ ރެސްކިއު އޮޕަރޭޝަންތަކުގައި އިންޑިއާ ޑޯނިއާ ބޯޓާއި ހެލްކޮޕްޓަރުތައް ބޭނުން ކުރުން އޯކޭވެ ޔުނީފޯމާ ނުލާ އިންޑިއާ ސިފައިން މަދަނީންގެ ގޮތުގައި ތިބުން ހަލާލު ވެއްޖެއެވެ. ޔާމީނުގެ ހަރާން ހުކުން ހަލާލު ވީގޮތަށެވެ.   

މިހާރު އަޑަށް ބާރުލާފައި އެއްވެސް ބަޔަކާ ކުރިމަތިލުމަކަށް ދާން ނޫޅޭ ކަމަށް މުއިއްޒު އެ ބުނަނީ ކީއްވެކަން ވިސްނާ ބަޔަކަށް އެނގޭނެއެވެ. އިންޑިއާއިން ޖަހާލި ފިލިމަހުގެ ވަސްކޮޅު މުއިއްޒަށް ވީއެވެ. އިންޑިއާގެ ބަޖެޓުގައި އެހީ ގޮތުގައި ރާއްޖެއަށް ދޭން ނިންމަފައިވާ ފައިސާ ގަނޑުގެ ދަހިވެތި ކަމުގައި އަނގަކާން ފެށީއެވެ. އަދިއެއް ދިނީއެއް ނޫނެވެ. އެކަމަކު މުއިއްޒު އެ ލާރިގަނޑަށް ފަރިކޮށްގެން އިންޑިއާ އާއި ވަތްކަޑާލަން އުޅުނު އުޅުންވެސް އުނބަށް ޖަހަނީއެވެ. 

]]>
Wed, 07 Feb 2024 14:38:49 +0500 ހީރަސްނިއުސް
މާރޗް 10ގެ ކުރިން އިންޑިއާ ސިފައިން މަތިމަސް ބާލާނެ https://heerasnews.com/2235 https://heerasnews.com/2235 ދެގައުމު އެއްބަސްވާ ގޮތަކަށް ޑޯނިއަރ އާއި ހެލިކޮޕްޓަރ ދުއްވަން ދެގައުމު އެއްބަސްވެއްޖެއޭ ބުނާ އިރު ހީވަނީ ކުރިން އެތަކެތި ދުއްވީ ދެގައުމު އެއްބަސް ނުވެހެންނެވެ. ދެކެން ތިބޭށެވެ. ކުރިންވެސް ދުއްވި ގޮތަށް ދެންވެސް އެތަކެތި ދުއްވާނެއެވެ. އެކަމަށް އެއްބަސްވެސް ވެއްޖެއެވެ.

ފިނދުކިބައިގައި ކާށިފޮއްޗަކާ ލައިގެން ކާލާނެ މަސްކޮޅެއް ނެތް މީހުން މާބޮޑަށް ފުއްޕަން ފެށީމާ ވާގޮތް މާ ތާހިރެއް ނުވާނެއެވެ. ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނީ ބަރަހަނާއެވެ. 

މާރޗް 10ގެ ކުރިން ބާލަންޏާ އިންޑިއާ ސިފައިން ބާާލާނީ މަތިމަހެވެ. މިހާރުވެސް އެއީ އަކީ ބާލާކަށް ޔުނިފޯމް އަޅައިގެން ހަތިޔާރު ހިފައިގެން އުޅޭ ބައެއް ނޫނެވެ.

ރައީސް ޑރ. މުއިއްޒެވެ. ތިޔަހާ ވަރަށް ރައްޔިތުންނަށް އޮޅުވާލައްވަން ނުހައްދަވާށެވެ. ކުރިއްސުރެ ވެސް މިއަންނަނީ ބުނަމުންނެވެ. އިންޑިއާގެ ޑޯނިއަރއެއް ހެލިކޮޕްޓަރެއް އެތަކެތި އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންނެއް ރާއްޖެއަކުން ނުބޭލޭނެއެވެ. ނުވެސް ބާލާނެއެވެ. ބާލާކަށް ނުވެސް އުޅެއެވެ. ބޭލުމުގެ ބޭނުމެއްވެސް ނެތެވެ. ބާލައިގެންވާ ގެއްލުމަށްވުރެ ތިބެގެން ލިބޭ ފައިދާ ބޮޑުވާނެއެވެ. 

ރާއްޖޭގައި އިންޑިއާއިން އޮޕަރޭޓް ކުރާ ޑޯނިއަރ އާއި ހެލިކޮޕްޓަރު ތަކަކީ މިލިޓަރީ ތަކެއްޗެވެ. މިލިޓަރީ އުޅަނދު ފަހަރު އޮޕަރޭޓްކޮށް ބަލަހައްޓާނީ އެކަމަށް ހާއްސަ ތަމްރީނުތަކެއް ލިބިގެން ތިބޭ މިލިޓަރީ މީހުންނެވެ. މިލިޓަރީ އެއްވެސް އުޅަދެއް އަދި މިލިޓަރީ އާލާތެއް ބަލަހައްޓާ އޮޕަރޭޓް ކުރަނީ ސިވިލިއަނުންނެއް ނޫނެވެ. 

އިންޑީއާގެ އަޝްކަރީ ވައިގެ އުޅަދު ތަކެއް ކަމަށްވާ ޑޯނިއަރ އާއި ހެލިކޮޕްޓަރ ރާއްޖޭގައި އޮންނަހާ ދުވަހަކު އެތަކެތި ދުއްވާ ބަލަހައްޓަން ތިބޭނީ އަޝްކަރީންނެވެ. އެ ބޭނުމަށް އިންޑިއާގެ އަޝްކަރީ ބަޔަކު ތިބުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ސަރުކާރަކީ ނަށާމާގަނޑަކަށް ނުވެ އެވާހަކަ ސާފުކޮށް ރައްޔިތުންނަށް އޮޅުން ފިލުވާދީ ބަލާށެވެ. 

ކޮންމެ ކަމެއް ރައްޔިތުންނަށް އޮޅުވަލައިގެން ނޫޅުނެއް ކަމަކު ރީތިކޮށް ކަން އޮތް ގޮތަށް ވާހަކަ ދެއްކިއްޔާ މުއިއްޒު ގައިން ތަންގަނޑެއް އުނިވަނީ ހެއްޔެވެ. ރައީސް ސޯލިހު ވެރިކަމުގައި އެ ސަރުކާރުން އަބަދުވެސް ބުނަމުން އައީ ހަތިޔާރުއެޅި އިންޑިއާ ސިފައިންގެ އެކަކުވެސް ރާއްޖޭގައި ނެތް ކަމަށެވެ. ބޯޑަރ ބެލެހެއްޓުމާއި ރެސްކިއު އޮޕަރޭޝަންތަކާއި އިމަރޖެންސީ އެހީތެރިކަން ދިނުމަށް ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖެގައި ނެތެކޭ އެ ސަރުކާރަކުން ނުބުނެއެވެ. 

ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖެގައި ތިބުމުން ފައިދާ ބޮޑީ ރާއްޖެއަށެވެ. ރެއާއި ދުވާލު ތައްޔާރީ ހާލަތުގައި ބާއްވައިގެން ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގެ މާލީ ފުދުންތެރި ކަމެއް އަދި ރާއްޖެއަކު ނެތެވެ. އިންޑިއާ އެކަންވާނީ އެތާނގެ ނިސްބަތުގައި ދާދި ކުޑަކުޑަ ކަމަކަށެވެ. ދެ ގައުމުގެ މަސްލަހަތު އޮތް އެކަމުގައި މުޅި އޮޕަރޭޝަން ދިވެހި ސިފައިންނާގުޅިގެން އިންޑިއާއިން ހިންގުމަކީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެންމެ ހަރަދުކުޑަ ފައިދަ ބޮޑުގޮތެވެ. 

ސިޔާސީ ބޭނުމުގައި ރައީސް ޔާމީނު ދެންމެވި ގުއިރޯނެއްގައި ރައީސް މުއިއްޒު ޖެހިވަޑައިގެން އުޅުއްވަން ހަދައިގެން ދެގައުމުގެ ގުޅުން ގޯސްވީއެވެ. ކުރިން ކުރިމަތިލާން ނުޖެހޭ އެތައް ނުރައްކަލަކާ ރާއްޖެއާއި ދިވެހި ރައްޔިތުން ކުރިމަތިލާން ދަނީ ޖެހެމުންނެވެ.

ރައީސް ޔާމީނު ޖެއްސެވި އިންޑިއާ އައުޓްގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުއްވާ ދެއްވާ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ގޯސްވިޔަ ނުދެއްވާ މަވެތިކަން ރައީސް މުއިއްޒު ދޫކޮށް ލައްވާކަށް ނުވޭތޯއެވެ. ވެރިކަން ލިބުމުން އިދިކޮޅުގައި އުޅުނުހެން އުޅުން ހުއްޓާލަން ޖެހެއެވެ.

ބަޔަކު ކިޔާފާނެ އެއްޗަކުން ނެއްޓެން މާބޮޑަށް އަމިއްލަ އީގޯ ބޮޑުވެ ގޮތްދޫ ނުރުމަކީ މޮޅުކަމެއް ގަދަކަމެއް ނޫނެވެ. ގޮތްދޫކޮށް މާފަށް އެދެންޖެހޭ ބައެއްގެ ކައިރިން މާފަށް އެދި ކަން އޮތްގޮތް ތެދުބަހުން ރައްޔިތުންނަށް އޮޅުން ފިލުވާ ދިނުމުން ވާރަނގަޅު މާ ބޮޑުވާނެއެވެ. ރައީސް ޔާމީނު ޖެއްސެވި މަޅީގައި ބެނދެވިގެން ދޮގުމައްޗަށް ދޮގުހަދަމުން ރާއްޖެ ދޮށި އޮތް ބަޅަށް ދަމާހެން ދެމިއަކަސް އެންމެންނަކީ ގަމާރުންނެއް ނޫނެވެ. 

އަސްކަރީ އުޅަނދު ތަކެއް ކަމަށްވާ ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް ބަހައްޓައިގެން އެތަކެތި އޮޕަރޭޓް ކުރަން ތިބެނީ ސިވިލއަނުންނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާނުލާށެވެ. ރާއްޖޭގައި ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންގެ ޔުނީފޯމް ބާލުވާ މަތިމަސް ބާލުވާފައި ބޭތިއްބިޔަސް ސިފައިންވާނީ ސިފައިންނަށެވެ. ޔުނީފޯމް ބާލުވާ މަތިމަސް ބޭލުވުމަކުން ސިފައިން ބޭލުނު ކަމަކަށް ނުވާނެއެވެ.    

]]>
Sat, 03 Feb 2024 13:08:17 +0500 ހީރަސްނިއުސް
36 ހާސް މީހުންގެ ޕީޕީއެމް އަށް މަޖިލިސް ހަރާން https://heerasnews.com/2215 https://heerasnews.com/2215 ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް)އެވެ. ޕްރޮގްރަސިވް ކޯލިޝަންގެ މައި ޕާޓީއަކީ ވެސް ޕީޕީއެމްއެވެ. ޕީޕީއެމްގެ މައްޗަށް ކޯލިޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓިން އަތްގަދަކޮށް ޕީޕީއެމްގެ ބާރުކަނޑުވާ ލައިގެން އުޅޭ އުޅުމަކީ ސީރިއަސް މައްސަލައެވެ. 

ޕީޕީއެމާއި ޕީއެންސީއަކީ ގާނޫނީ ދެ ޝަހުސެވެ. ކޯލިޝަނެއް ހަދައިގެން އުޅުމަކީ ސިޔާސީ ޕާޓީއަކަށް ގާނޫނީ ގޮތުން އޮންނަ ރުކުންތައް ހަމަނުކޮށް އޮތުމަށް އޮތް ލައިސަންސެއް ނޫނެވެ. ކޮންމެ ޕާޓީއަކަށްމެ އޮންނަ ހައްގުތަކުގައި މަރުތަޅު އެޅެން ޖެހޭ ކަމެއްނޫނެވެ. 

2023 ވަނަ އަހަރު ނިމުނުއިރު ޕީޕީއެމްގައި 36223 މެންބަރުން އެބަތިއްބެވެ. ސިޔާސީ ގޮތުން އެ 36223 މީހުންނަށް ލިބިދޭ ގާނޫނީ ހައްގުތަކެއް ވެއެވެ. ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެންބަރުން ތިބޭ އަދަދަށް ބަލައިގަނެގެނެވެ. ވަކި މަދު ބައެއްގެ ބާރުވެރި ކަމަށްޓަކައި 36000 މީހުންގެ ގާނޫނީ ހައްގެއް ނުހިފެހެއްޓޭނެއެވެ. 

ޕީޕީއެމްއަކީ ރާއްޖޭގައި ވެރިކަން ކުރާޕާޓީއެއް ނޫނެވެ. ވެރިކަން ކުރާ ޕާޓީއަކީ ޕީއެންސީއެވެ. ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމްގެ ދައުރެއް ނެތެވެ. ރާއްޖޭގެ ރައީސްއާއި ނައިބު ރައީސްއަކީ ޕީޕީއެމްގެ މެންބަރުންނެއް ނޫނެވެ. ވަޒީރު ކަމުގައި ޕީޕީއެމްގެ ދެ ނައިބު ރައީސުން ތިބުމަކީ ކޯލިޝަން މައިޕާޓިގެ ނިސްބަތުގައި ޕީޕީއެމަށް ހައްގު މިންވަރެއް ނޫނެވެ. 

ޕީޕީއެމްގަ ރައީސް ނެތް ދަނޑިވަޅެއްގައި އާއްމު މެންބަރުގެ ބާރުކެނޑޭ ގޮތަށް ޕީޕީއެމްގެ ދެނައިބު ރައީސުން ވެގެން ގާނޫނާ ހިލާފަށް ޕީޕއެމްގެ 36 ހާސް މެންބަރުންގެ ހައްގުތައް އެ ތިބެނީ ފޭރިގަނެގެންނެވެ. ކުޑަ ޕާޓީއަކުން ބޮޑު ޕާޓީގެ މައްޗަށް ވެރިވެގަނެ ބޮޑު ޕާޓީގެ ވާގި އެ އޮތީ ނައްތާ ލާފައެވެ. 

ޕްރޮގްރަސިވް ކޯލިޝަނުގެ ނަމުގައި ކޯލިޝަނެއް ހަދާ ހިންގީ އިސް ޕާޓީގެ ގޮތުގައި ޕީޕީއެމް އޮވެ އެ ކޯލިޝަނަށް ވެރިކަން ހޯދާ ވެރިކަން ހިންގާށެވެ. ކޯލިޝަން ޕާޓްނަރުން ނަށްވުމަކީ ޕާޓީގެ އާއްމު ހުރިހާ ހައްގުތަކެއް ހިފެހެއްޓުމަށް އޮތް ބާރެއް ނޫނެވެ.

ކޯލިޝަން ޕާޓްނަރުން ނުހިމެނޭ ގޮތަށް ހަމައެކަނި ޕީޕީއެމްގެ ސެނެޓަރުން ހިމެނޭ ސެނެޓް ޖަލްސާއެއް ބޭއްވުމުގެ ބާރެއް މިހާރަކު ޕީޕީއެމަކު ނެތެވެ. ޕީޕީއެމް މެންބަރުންގެ އަދަދަށް ނިސްބަތްކޮށް ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޫކުރާ ފައިސާ ބޭނުން ކުރުމުގެ ގޮތް ކަނޑައެޅުމުގެ ބާރެއް ޕީޕީއެމަކަށް ނެތެވެ. ޕީޕީއެމްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ފުރުސަތެއް ވެސް ޕީޕީއެމް މެންބަރުންނަކަށް ނެތެވެ. ހުރިހާ ކަމެއް ނިންމަނީ ޕީއެންސީއަށް ފަހިވާހެން ކޯލީޝަން ސެނެޓުންނެވެ. 

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް ޕެރެލައިޒް ކޮށްލާފާ ބާއްވައިގެން ޕީޕީއެމުގެ ފައިދާ ޕީއެންސީން ނަގަމުން ދާއިރު ގާނޫނީ މުއައްސަސާތައް އޮތީ ނިދާފައެވެ. ޕީޕީއެމް ޓިކެޓްގައި އިންތިހާބު ތަކުގައި ވާދަ ކުރުމުގެ ހައްގުން ޕީޕީއެމް މަހުރޫމް ކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އޮންނަ އެންމެ ބޮޑު ސިޔާސީ ހައްގަކީ ޕާޓީ ޓިކެޓްގައި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި ޕާޓީ ޓިކެޓަށް ވޯޓު ދިނުމުގެ ހައްގެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަ ކުރުމުގެ ހައްގުވެސް ވަނީ ޕީޕީއެމަށް ގެއްލުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރު ޕީޕިއެމްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ނުއިންނާނެއެވެ. އިންތިހާބުގައި ވާދަކުރަން ފުރުސަތު ނުދިނުމުން 20 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިގެން ދާނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ އެންމެ މެންބަރަކުވެސް ނެތިއެވެ. ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ބާރު ކަނޑުވާ ލެވޭނީ އެހާކަށް ވަރަށެވެ. 

މިހިނގާ ރިޔާސީ ދައުރަކީ ޕީޕީއެމް ސިޔާސީ ގޮތުން ބާރު ކަނޑުވާލުމުގެ ފަސް އަހަރު ކަމުގައި ވިޔަ ނުދިނުމަށް ޕާޓީ މިނިވަން ކުރަން ނިކުތުމުގެ ވަގުތު ޖެހިއްޖެއެވެ. 36 ހާސް މެންބަރުންނަށް ބަޖެޓުން ދިން ފައިސާއަކީ އެހެން ކުޑަ ޕާޓީއެއް ބާރުވެރި ކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވިޔަނުދޭން ތެދުވަން ޖެހިއްޖެއެވެ.   

]]>
Thu, 25 Jan 2024 12:56:35 +0500 ހީރަސްނިއުސް
މާލޭ މީހުނަށް ގޯތިތައް ނުދޭންޖަހާ ޗައްކަރު: އަންޑަރވޯޓަރ ޓަނަލް https://heerasnews.com/2208 https://heerasnews.com/2208 ދުނިޔޭގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލް ފުށިދިއްގަރުފަޅާއި މާލެއާއި ދޭތެރޭ ޑރ. މުއިއްޒު އަޅާއިރު އޭގެ ކުރިން ދުނިޔޭގައި އަޅަފައި އެހުރިއްޔަކީ އަންޑަވޯޓަރ ޓަނަލެއް ނޫންތާއެވެ. ކޮންމެ ކަހަލަ ޓަނަލަކަށް ތިޔަ ޓަނަލެއް ވިޔަސް ވަރިހަމައެވެ. ތިޔަ ޓަނަލެއްގެ ވާހަކަ މުއިއްޒު އެދެއްކީ ފުށިދިއްގަރާ މާލެއާއި ދޭތެރޭގައި ބްރިޖް ނޭޅޭނެ ވާހަކަ މާލޭ މޭޔަރ އާދަމް އާޒިމް މާގިނައެއްކޮށް ދައްކަވާތީއެވެ. 

ގިރާވަރުފަޅާއި އުުތުރުތިލަފަޅާއި ގުޅީފަޅާއި ހުޅުމާލޭ ފޭސް ތިނެއް އަވަހަށް ނިންމާ އެތަންތާ މާލޭ މީހުން އަވަހަށް އާބާދު ކުރަން މޭޔަރ އާޒިމް އުޅޭވަރުން އެކަން ނުކުރުމުގެ ހުއްޖަތެއްގެ ގޮތުން އަންޑަވޯޓަރ ޓަނަލުގެ ވާހަކަ މުއިއްޒު އުފަން ކުރީއެވެ.

މޫނަށް ރުލެއްވެސް އަރުވާނުލާ މުއިއްޒު ދައްކާލި މޮޅުވާހަކަ ނިކަން ދެކިބަލާށެވެ. "މުޅި ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާއިމް ކުރެވޭ އަންޑަރ ވޯޓާ ޓަނަލް މާލެ އިން ރަސްމާލެއިން ގުޅުވާލުމުގެ މަސައްކަތް، އެ ޓަނަލް ވެގެން ދާނީ، އެ ޓަނަލްގައި ޓްރެއިންގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލްއަކަށް،" ވާހަކަ ކިހާ މޮޅުހެއްޔެވެ.

ރަސްމާލޭ ޓަނަލް ވާނީ ކަނޑު ހިނގާ މަސްމަހާ މެއްސާއި ހަނގާ ކުރަމުން ފެނުޕަރީންނާއި ހިތާވަމުން ކަނޑު ރަސްގެފާނުގެ ދަރުބާރުގައި ރަންނަމާރީން ޅަނބާޅަ ގުރުބާނީތައް ކުރެވޭ މަންޒަރު ލޮލުންދެކެ އަތުން ހިފާލަން ލިބޭ ބޮޑު ނިއުމަތަކަށެވެ. އަންޑަރވޯޓަރ ޓަނަލް އެޅެންދެން މާލޭ މީހުން ގޯތީގެ ވާހަކަ ނުދައްކާ އަތްޖަހަން ތިބޭށެވެ. ކޮން ގުޅިފަޅެއް ގިރާވަރުފަޅެއްގެ ވާހަކައެއް ހެއްޔެވެ. ބުރިޖަކަށްވުރެ އަންޑަރވޯޓަރ ޓަނަލަކުން ދެވޭލެއް މާފުރިހަމަ ވާނެއެވެ.

އަންޑަރވޯޓަރ ޓަނަލުން ދަތުރު ކުރާ ހިތުން ޓަނަލް އެޅެންދެން މާލޭ މީހުން ގޯތީގެ ވާހަކަ ނުދައްކާ ތިބެންވީއެވެ. އަންޑަރވޯޓަރ ޓަލަކުން ރަސްމާލެ ގުޅެގުޅެ އޮއްވާ ބްރިޖަކުން ގުޅައިގެން ގިރާވަރުފަޅާއި އުތުރުތިލަފަޅާއި ގުޅީފަޅާއި ހުޅުމާލޭ ފޭސް 3 ގައި ދިރިއުޅެން ދާނީ ކާކުހެއްޔެވެ.

މާލޭ މީހުނަށް ދީފައިވާ ގޯތިތައް ނުދޭން މުއިއްޒު ޖެހި ޗައްކަރު ކިހާމޮޅު ހެއްޔެވެ. މިހާވަރުން ދަންޏާ ހުރިހާ ދިވެހިނަށް މާރސްގައި ދިރިއުޅެވޭ ގޮތްވެސް މުއިއްޒު ހަދާދީފާނެއެވެ. މަރުނެތް ގުޅިން ދިވެހިންނަށް މުއިއްޒު ފެން ނުދީފިއްޔާ ކިތަންމެ ހާވެސް ރަގަޅެވެ. 

]]>
Tue, 23 Jan 2024 12:06:23 +0500 ހީރަސްނިއުސް
ހައްދު ފަހަނައެޅި ގައުމިއްޔާތުގައި ދިވެހިއްޔާތު https://heerasnews.com/2204 https://heerasnews.com/2204 ދިވެހިއްޔާތު ވުޒާރާ ހަދައިގެން ތިބެ މުއިއްޒުމެން މިހާވަނީ ކޮން ހަޑިއެއް ހެއްޔެވެ. ދިވެހިއްޔާތު ވުޒާރާއެއް އުފެއްދި ތަނާ ބޮޑު ކަރައެއް ފަޅާލައިގެން އޮށް ބުރުވާ ވަރުން ހީވަނީ އެހެން ކަމެއް ހެންނެވެ. ބަވަނަވެތި ބަސްތައް ތަރުޖަމާ ކޮށްގެން ބަވަނަވީ މާނަ އޮޅި މަފްހޫމު ގެއްލޭ ވަރަށް ދިވެހިއްޔާތު ބޮޑުކޮށްގެން އެޔެއް މިޔެއް ނޭގެއެވެ. 

ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ. އެއް ވުޒާރާއަކީ ފަންނިއްޔާތު މިނިސްޓްރީއެވެ. އަނެއް ވުޒާރާއަކީ ފަންނު މިނިސްޓްރީއެވެ. ހުނަރު މިނިސްޓްރީއެއް ވެސް އެބަހުއްޓެވެ. މިދައްކަނީ އެބަހެއް ބުނުމުން ދުނިޔޭގެ ނިސްބަތުގައި ވަކި ކަހަލަ މަފްހޫމު ތަކެއް ހިމެނޭ ބްރޭންޑް ނަން ތަކެއް ބަދަލު ކޮށްގެން ވަކި މާނަ ތަކެއް ނެރެން އުޅުމުން ދިވެހި ބަސް ބަދަލު ވެގެން ދަނީ ކާޅު ހިނގުމަށެވެ. އެޔަކަށް ނުވެ މިޔަކަށް ނުވެއެވެ. 

ބަސް ކުރިއެރުވުމަކީ އެއްޔަކީ ނޫނެވެ. ފޮރިން މިނިސްޓްރީ ނުކިޔާން ޚާރިޖީ ވުޒާރާ ކީމާ މިވަނީ ވަކި ކޮން އެއްޗަކަށް ހެއްޔެވެ. ހޯމް މިނިސްޓްރީ ނުކިޔާން ދާޚިލީ ވުޒާރާ ކީމާ މިވީ ވަކި ކޮން އެއްޗެއް ހެއްޔެވެ. ކޮންމެހެން މިނިސްޓްރީ ތަކަށް ދިވެހިން ކިޔާނެ ވަކި ގޮތެއް ކަނޑައަޅާފައި އެއްބޯޑެއްގައި އެއްތާކަށް ކިޔާ ދެނަމެއް ބޭއްވުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫނެވެ. އިގިރޭސީން ލިޔެފައި އޮތަސް އަރަބިން ލިޔެފަ އޮތަސް ތާނައިން ލިޔެފައި އޮތަސް އާދަން ނަސީރު އިބުރާހިން ވާނީ އާދަމް ނަޞީރު އިބްރާހީމް އަށެވެ. ޑރ. މުއިއްޒު ވާނީ ޑރ. މުއިއްޒަށެވެ. 

މިނިސްޓްރީ ތަކުގެ ނަންބޯޑް ދިވެހި ބަހަށް ތަރުޖަމާ ކޮށްގެން އެ ހިނދަކަށް އެކަން ކުރި ބަޔަކަށް ދޭހަވާ މާނައިން ނަންބޯޑުގައި ތަރުޖަމާ ނަމެއް ޖެއްސަސް އަދި އެއްޔަކީ ގައުމިއްޔަތު ދިރުވުމެއް ނޫނެވެ. ދިވެހި ބަހަށް އިސްކަން ދިނުމެއްވެސް ނޫނެވެ. 

ދިވެހި ގައުމިއްޔަތު ދިރުވާ ދިވެހި ބަސް ކުރިއަރުވަން އައި މީހުން ނަންބޯޑުގައި ތަރުޖަމާ ދިވެހިނަން ޖަހާފަ އެތެރޭގައި ކުރާ ކަންތައްް ފަރަންޖީ ބަހުން ކުރީމާ ނިކަން ރަނގަޅަށް ގައުމިއްޔަތު ދިރޭނެއެވެ. 

ދިވެހި ރާއްޖޭގައި ދިވެހިންނާ ގުޅުން އޮތް ކަމެއް އެ ކަމުގައި ބޭރު ބައެއްގެ އެއްވެސް ސާމިލު ވުމެއް ނެތަސް ސަރުކާރުގެ ރަސްމީ އިދާރާ ތަކުން ނެރޭ ލިޔުން އިނގިރޭސި ބަހުން ނެރެނީ ކިހާ ގައުމިއްޔަތު ބޮޑުވީމާ ހެއްޔެވެ. ސަރުކާރުން ނެރޭ ނޫސް ބަޔާންތަކާއި މީޑިއާ ސްޓޭޓްމަންޓްތައް އިނގިރޭސި ބަހުން ނެރެނީ ކޮންކަމެއް ކާކަށް ދައްކަން ހެއްޔެވެ. އެހެން އެކަން ކުރަނީ ފިސާރި އިލްމުވެރި ކިޔަވައިގެން ތިބި ބަޔަކު ކުރާކަމެއް ކަމަށް ދައްކަން ހެއްޔެވެ. ނޫނީ މީހުނަށް ކަންކަން އޮޅުވާލަން ހެއްޔެވެ. ހަމަ ގައިމުވެސް އެހެން ނެރޭ އާއްމު ލިޔުމަކުން މިބުނި ދެ ކަންތަކުން އެއް ކަމެއްވެސް ހާސިލެއް ނުކުރެވޭނެއެވެ.

ގއ. ވިލިގިލިން ކުއްލި ފަރުވާއަށް މާލެ ނުގެނެވި ލަސްވެގެން މަރުވެ ދިޔަ ކުއްޖާގެ ކަންތަކުގައި އާސަންދަ ކޮންޕެނީގެ ޒިންމާދާރުކަން ރައްޔިތުނަށް ދައްކަން ނެރުނު ޕްރެސް ސްޓޭޓްމަންޓް އިނގިރޭސި ބަހުން ނެރުނީ ހަރުކަށި ގައުމީ ފިކުރުގެ ކިތައްވަނަ ދަރަޖައިންތޯ އަހާލާ ހިތްވެއެވެ. މުއިއްޒު ދިވެހި ބަސް ދިރުވާލަން މިއުޅެނީ ގޮހޮރު ފުލަށޭ ހާދަ އެބަހީވެއެވެ. ގެރިހަން ލައިގެން އޮތް މިނިކާ ވަގެއް މިސާލުގައި ނޫނީ އެއްވެސް ކަމެއް ޑރ. މުއިއްޒު ނުކުރެއެވެ.

 

އާސަންދަ ކޮންޕެނީ ވަކިން ވާނީ ކޮން ގޮތެއް ހެއްޔެވެ. ހޮދު ރައީސް މުއިއްޒު ދިވެހިންނަށް އަމާޒުކޮށް ކުރާ ޓްވީޓްތައް ކުރަނީވެސް އިނގިރޭސި ބަހުންނެވެ. މުއިއްޒު ދިވެހި ބަސް ދެކެވާ ލޯތްބާއި ގައުމިއްޔަތު ދިރުވުން ގަނޑުވެސް މިހުންނަނީ އަމާކީތީ ފަރަށް ދާހެނެވެ. 

ކަރާފަޅައިގެން އޮއްބުރުވާ ވަޒީރުގެ ރިސާޗް ސެންޓަރު ހަދައިގެން ތަހުލީލުކޮށް ނިމޭއިރު ދީނީއްޔާތާއި އަދަބިއްޔާތާއި ގޮތަށް ހުރިހާ ދިވެހި ލަފުޒަކާއި ބޭރު ލަފުޒެއްގެ ފަހަތަށް ޔާތެއް އިތުރިވެފައިވާ ގައުމިއްޔާތެއް އޮންނާނީ އައިސްފައެވެ. ޢޭރުން އޮންނާނީ ފަންނިއްޔާތާއި ހުނަރިއްޔާތާއި ހޮސްޕީޓަލިއްޔާތާއި ފަތުރިއްޔާތާއި އެތެރިއްޔާތާއި ބޭރިއްޔާތަށް ހުރިހާ ލަފުޒެއް ބަދަލުވެފައެވެ. ދިވެހިބަހަށް އިސްކަން ދިން ދިނީނުން ބަސް ދިރިގެން ގޮހޮރުފުލުން ނަޖިހަށް ވެފައެވެ. 

]]>
Sun, 21 Jan 2024 19:00:36 +0500 ހީރަސްނިއުސް
ޔާމީނު ޖެހި ދަންމަޅީގައި މުއިއްޒު ބެދި ހަނާވަނީ! https://heerasnews.com/2203 https://heerasnews.com/2203 ޔާމީނުގެ އަނިޔާވެރިކަން ބޮޑުވެ ފެބްރުއަރީ އެކެއްގެ ކޯޓު އަމުރު ނެރުމުގެ ފަހަތުައި އޮތީ އިންޑިއާ ކަމަށް ޝައްކުކޮށް ތިބި އިންޑިއާ ސިފައިންގެ ވިސާ އާކޮށް ނުދޭން ނިންމާ ހެލްކޮޕްޓަރތައް ފޮނުވާލަން ޔާމީނު ވެރިކަމުގައި އުޅުނެވެ. އިންޑިއާ އާއި މެދު ނުނިޔަތްލާ ޔާމީނުގެ ވެރިކަމަށް އޮތް ބިރަކީ އިންޑިއާ ކަމަށް ޔާމީނު ދުއްޓެވެ. އޭރު އޮތީ ޗައިނާގެ އުނގުތެރެއަށް ނިކަން ރަނގަޅަށް ޔާމީނު ވަދެގަނެގެވެ.

ދިވެހީންނަށް ޔާމީނުގެ އުނދަގޫ ބޮޑުވެ ޔާމީނު ގެ ގަދަފަދަ އަނިޔަވެރި ވެރިކަން ރައްޔިތުން ނިންމާލީ %65 އަށް ވުރެ މަތީ އަގުލަބިއްޔަތަކުންނެވެ. މުޅި ރާއްޖެހެން ޔާމީނާ ދެކޮޅަށް ތެދުވެ 2018ގައި ރައްޔިތުން ވެރިކަން ފޮރޮޅާލީ އެމްޑީޕީ ލީޑްކުރާ ކޯލިޝަނެއްގެ އަތް މައްޗަށެވެ. 

އެހެން އެކަންވެ އެމްޑީޕީ ކޯލިޝަނުން އަމާން އޮމާން ބަދަލު ހިފުމެއްނެތް ވެރިކަމެއް ކުރަން ފެށިތަނާ ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވެ ދުނިޔެ ހުއްޓުނީއެވެ. ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ ރާއްޖެއަށް އެކީ އެކައްޗަކަށް އާމްދަނީ ހުއްޓުނެވެ. ބޯޑަރތައް ބަންދުވެ ދަތުރުފަތުރު ހުއްޓިފައި އޮތުމުން ބާނާ މަސްކޮޅު ބޭރުކޮށްގެން އާމްދަނީ ހޯދޭނެ ގޮތެއް ވެސް އޭރަކު ނެތެވެ.

ކޮވިޑްގެ ހާލަތުގައި ސަރުކާރުތަކުން އިސްކަންދިނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ގިނަ ގައުމުތައް އެކަމުގައި ފޭލިވެ ސަރުކާރުތައް ހޫނު ފެނަށް ވެއްޓުނެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުން ސަރުކާރުގެ މުއައްޒަފުންގެ މުސާރައިން ބައިސެންޓް ވެސް އުނިނުކޮށް މުއައްޒަފަކު ނުކަނޑާ ގައުމު ބަނޑަށް ނުޖެހި ކޮވިޑުން އަރައިގަތީ މުޅި ދުނިޔޭގެ ތައުރީފް ހޯދަމުންނެވެ. 

ކާންބޯން ނުލިބިގެން ރައްޔިތުން ހާލުގައިޖެހި ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރު ވައްޓާލާނެ ކަމަށް ޔާމީނު ކުރި އުންމީދު ދިޔައީ ތޮޅިއަށެވެ. ޔާމީނު އުންމީދު ކޮށްގެން ހުރީ ކޮވިޑާއެކު ސަރުކާރު ވެއްޓިގެން ދާނެކަމަށެވެ. މިންވަރުފުޅުން އެކަމެއް އެހެނެއް ނުވިއެވެ.

އެކަން އެހެން ނުވީ އަވައްޓެރި އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް ހިފެއްހެއްޓުމެއް ނެތި ވީއެހީތެރިކަމުގެ ސަބަބުންކަން ޔާމީނު ގަބޫލު ކުރިއެވެ. އިންޑިއާގެ އެހީތެރިކަން ހުއްޓުވައިގެން ނޫނީ ސަރުކާރު ބަލި ނުކުރެވޭނެކަމަށް ދެކިގެން އިންޑިއާ އައުޓް ކެންޕޭން ޔާމީނު ޖެއްސީއެވެ. އެކަން އޭނާ ކުރީ ނެތް ހާލަތެއް އުފައްދައިގެންނެވެ. 

ޔާމީނު ވެރިކަމުގައި އިންޑިއާ ލައްވާ އަޅަންފެށި ޕޮލިސް އެކަޑަމީއަކީ އިންޑިއާގެ މިލިޓަރީ ބޭހެއް ކަމަށް އިންޑިއާ އައުޓް ކެންޕޭނުގައި އަޑު އެރުވިއެވެ. ޔާމީނުގެ ވެރިކަމުގައި އުތުރު ތިލަފަޅުގައި އަޅަން އެއްބަސްވެ ނިންމަފައިވާ މިލިޓަރީ ޑޮކްޔާޑަކީ އިންޑިއާގެ މިލިޓަރީ ބޭހެއް ކަމަށް ރައްޔިތުންނަށް ދެއްކިއެވެ.

ކައްދޫ އެއަރޕޯޓަކީ މިލިޓަރީ އެއަރޕޯޓަކަށް ބަދަލު ކުރުމުގެ ޕްލޭން ރާވާ އެތަން ތަރައްގީކުރަން އިންޑިއާ އާއި ވާހަކަ ދެއްކާ ހެދީ ހޮދު ޔާމީނެވެ. ހަނިމާދޫ އެއަރޕޯޓާއި އައްޑޫ ގަމުގައި ސަރަހައްދު ބަލަހައްޓާ ފާރަވެރިވުމަށް ވައގެ އޮޕަރޭޝަންތައް އިންޑިއާ އަޝްކަރިއްޔާ ލައްވާ ހިންގުމުގެ ހުރިހާ ކަމެއް އިންތިޒާމުކުރީ ވެސް ޔާމީނެވެ. މުއިއްޒުގެ އެޓޮލްސް މިނިސްޓަރ އާދަމް ޝަރީފު އުމަރާއި މުއިއްޒުގެ ކޯލިޝަން ޕާޓްނަރ ކާނަލް ނާޒިމާއި ދެމީހުން ދިފާއީ ވަޒީރުކަމުގައި ތިބެއެވެ.

ހުސް ގޮނޑި ބަހައްޓައިގެން ޔާމީނު ފޮޓޯ ގަނޑުގެ ނިވަލުގައި ކެންޕޭނުކުރި މުއިއްޒަށްވެސް މަޖުބޫރުވީ ވެރިކަން ހޯދުމަށްޓަކާ އިންޑިއާ އައުޓް ވިއްކާށެވެ. ކިތަންމެ ބާރަށް ކެންޕޭނުގައި އެވާހަކަ ދެއްކިޔަސް ކަމަކީ ކިތަންމެހާ ވެސް ތަކުލީފު ބޮޑު އުނދަގޫ އެހާމެ ހައްސާސް ކަމަކަށް ވާނެކަން މުއިއްޒަށް ރަނގަޅަށް އެނގެއެވެ. މިނިކާ ބާޒެއްހެން ޔާމީނުގެ ރިޔާސީ ޓިކެޓެއް ޖަހައިގަނެގެން ނިކުމެވުނީމާ ޔާމީނު ދެއްކި ވާހަކަ ނުދައްކާ އެންމެ ވޯޓެއްވެސް ލިބެން ނެތްކަން މުއިއްޒަށް އެނގޭތީ މަޖުބޫރު ވެގެން އިންޑިއާ އައުޓް ޖެއްސި ޖެއްސީނުން ވެރިކަން ހޯދީއެވެ. 

ވެރިކަމަށް އަރާ ލޯހުޅުވާ ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. އިންޑިއާ އައުޓް މިއޮތީ މަލިކުލަވައަށް ވެފައެވެ. އިންޑިއާ އައުޓް ނުކޮށް ވާކަށްނެތެވެ. އިންޑިއާ އައުޓް ކުރެވޭކަށް ވެސް ނެތެވެ. އޮޅެފައި އޮތް ދިހަބޮޅު ކަންވާރަކޭ އިންޑިއާ ސިފައިން ބޭލުމެކޭ މުއިއްޒަށް ތަފާތެއް ނެތެވެ. ނިއުޅަށް ދެމިވަރަކަށް އޮޅި ގޮއްޖެހެނީއެވެ. ޔާމީނު މާޔޫސްވެ ދޮޅި އެޅެނީއެވެ. ޔާމީނު ޖެހި ދަންމަޅީގައި މުއިއްޒު ބެދި ހަނާވަނީއެވެ. އިންޑިއާ އައުޓުކުރަން ފެށި ހަރަކާތް ނިމޭއިރު ޗައިނާގެ އުނގަށް ވެއްޓި ލަންކާއަށް ވީވަރު ނުވެ ސަލާމަތް ވެއްޖެއްޔާ ކިތަންމެހާ ވެސް ނަސީބެވެ.

]]>
Sun, 21 Jan 2024 16:01:28 +0500 ހީރަސްނިއުސް
ޖައްބާރުވެރިކަމުން ކަޅިވެފައިވާ މުއިއްޒާ ދެކޮޅަށް ތެދުވަންޖެހޭ! https://heerasnews.com/2202 https://heerasnews.com/2202 ރައީސުލްޖުމްހޫރިއޔާގެ އެންމެ ފުރަތަމަ ޒިންމާއަކީ އޭނާގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކޮށްދިނުމެވެ. އެހެން ހުރިހާ ކަމެއް އަންނަނީ އޭގެ ފަހަތަށެވެ. ރައީސްގެ އިހުމާލުން ރައްޔިތެއްގެ ފުރާނަ ދިޔުމަށްވުރެ ބޮޑު އެހެން ކަމެއް ނުއޮންނާނެއެވެ. 

ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދީ ހުވާ ކޮށްގެން ރައީސް މުއިއްޒު ހުރީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށެވެ. ރައްޔިތެއްގެ އެންމެ މަތިވެރި ހައްގަކީ ދިރިހުރުމުގެ ހައްގެވެ. އެކަމަށް ގަސްދުގައި އިހުމާލުވެއްޖެ ރައީސަކު އެހުރީ ކަލާނގެ ގަންދީ ކުރި ހުވަޔާ ހިލާފު ވެގެންނެވެ. 

ދިވެހި ސަރުކާރުގައި ދުވަހުން ދުވަހަށް ހިންގަންޖެހޭ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގެން ނެތުމުން ގާބިލުކަން ހުރި ބައެއްގެ އެހީތެރިކަން ހޯދައިގެން ވެސް އެކަން ކުރުމަކީ ރައީސްގެ ޒިންމާއެކެވެ. ރައްޔިތެއްގެ ފުރާނައަށް ނުރައްކާވާ ކޮންމެ ހާލަތެއްގައި ފުރާނަ ސަލާމަތްކޮށް ދިނުމަށް ދުރާލާ ތައްޔާރުވެ ހުރުމަކީ ރައީސަށް ލާޒިމު ކަމެކެވެ. 

2010 ވަނަ އަހަރުއްސުރެ ރާއްޖޭގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގަނީ އަވައްޓެރި އިންޑިއާގެ އެހީތެރި ކަމާއެކުގައެވެ. ކުއްލި ފަރުވާއަށް ގެންނަން ޖެހޭ ފަރުވާ ދެވޭވަރު ހޮސްޕިޓާތަކާ ހަމައަށް ބަލިމީހުން އުފުލާދެނީ އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ގެނެސްގެން އޮޕަރޭޓް ކުރާ ޑޯނިއާ ބޯޓާއި ދެ ހެލިކޮޕްޓަރ ގައެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިގެން ގޮސްފައި އެބަހުއްޓެވެ. 

މުއިއްޒު ވެރިކަމަށް އައުމާއެކު ކަންކަން ވަމުން ދާގޮތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން ޝަހީމު (އަދުން ހުސައިން) ކުރިޔާލާ ރައްޔިތުންގެ މަޖިލީހުގައިވަނީ ވިދާޅުވެ ދެއްވާފައެވެ. އެއްޗެއް ވިސްނޭނީ ކަމެއް ދިމާވީމައެވެ. މިއަދު މިއޮތީ އެހާލަތު ރައްޔިތުން ތަހައްމަލު ކުރަން ޖެހިފައެވެ. މުއިއްޒާ ދެކޮޅަށް ތެދުވަން ޖެހިފައެވެ، 

ރައީސް މުއިއްޒު ވެރިކަމަށް އެރީ ފޯރާ ދިގުވެފައި ހުރެއެވެ. ވެރިކަމަށް އެރީ ދިވެހި ރައްޔިތުންނަށް ނުލާހިކު މަދަދުވެރި ދެހެލިކޮޕްޓަރާއި ޑޯނިއާ ބޯޓާއި އެތަކެތި އޮޕަރޭޓްކުރަން ތިބި އިންޑިއާ މީހުން އައުޓު ކުރުމަށެވެ. ޖައްބާރުވެރި ކަމުގެ ގައުމިއްޔަތު ކޮނޑު އަޅައިގެންނެވެ.

އިންޑިއާ އައުޓް ކުރަން ވެރިކަމަށް މުއިއްޒު އިސްވިތަނާ ފުރަތަމަ ދިމާވިކަމަކީ އައްޑު އަތޮޅުގައި މަސްހިފަން ދިޔަ ނޫކަށި ފުރައިގެ ޒުވާނަކު ކަނޑުވެ ގެއްލުމެވެ. އެ ޒުވާނާ ހޯދުމަށް އިންޑިއާގެ ޑޯނިޔާ ބޯޓާއި ހެލްކޮޕްޓަރތައް ބޭނުން ކުރާކަށް ރައީސް މުއިއްޒު ބޭނުމެއް ނުވިއެވެ. ގާބިލު މީހުންނާއި ފަންނީ އާލާތް ހުއްޓާ ރައީސް މުއިއްޒު އިހުތިޔާރު ކުރީ ނާގާބިލު ކަމެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫ މަރަދޫގެ ޒުވާނާ ގެއްލި ދިޔައީއެވެ.

ކިތަންމެ ރަގަޅަށް ކަންތައް ކުރިޔަސް ފުރާނައެއް ވަކިވެދާނެއެވެ. އެހެނަސް ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު އަލާކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުން މީހެއްގެ ފުރާނަ ދިޔުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ.

ގިނަ ދުވަހެއް ނުވެ ދިމާވީ ޢޭގެ އަނެއް ހަދިސާއެވެ. ގއ. ވިލިގިލިން ކުޑަ ކުއްޖަކު ފިޓްޖެހި ގޮތް ހުސްވެގެން މާލެ ނުގެނެވި ދިގުލައިގެން ދިޔުމެވެ. އެކުޑަ ކުއްޖާފުޅަށް ފަރުވާއެއް ދެވޭވަރުވީ ފިޓް ޖެހުނުތާ 16 ގަޑިއިރު ފަހުންނެވެ. ގަޑިއެއް ދެގަޑިއެއް ހާއިރުގެ ތެރޭގައި އެ ކުއްޖާ މާލެ ގެނެވޭނެ ގޮތް އޮވެމެ އެކަން ނުވެގެން ދިޔައީ ރައީސް މުއިއްޒުގެ ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ. އިންޑިއާގެ މަތިންދާ ޑޯނިއާ ބޯޓައި ހެލްކޮޕިޓަރތައް ހުއްޓައެވެ. ގަސްދުގައި ބޭނުން ނުކޮށްގެނެވެ.

ދިވެހި ދަރިއެއްގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ މުއިއްޒަށް މުހިންމުވީ ހަސަދައާއި ގޮތް ދޫނުކުރުމެވެ. ބޮޑާކަމާ މަވެތިކަމެވެ. ކާރިސާގެ ވަގުތުގައާއި މީހެއްގެ ފުރާނަ ސަލާތް ކުރުމުގެ ވަގުތުގައި ވަކިމީހެއްގެ ދަރިއެއް، ވަކި ގައުމެއްގެ މީހެއް، ވަކި ގައުމެއްގެ އެއްޗެއް ބެލުމަކީ އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު ކުރާކަމެއް ނޫނެވެ. ފުރަތަމަ ކަމަކަށް އޮންނަނީ ފުރާނަ ސަލާމަތް ކުރުމެވެ. 

އެހެން ނަމަވެސް މުއިއްޒު އިސްކުރީ ބޮޑަކަމާ ގޮތް ދޫނުކުރުމެވެ. އެ ކުޑަކުއްޖާފުޅު މާލެ ގެނައުމަށް އިންޑިއާގެ ޑޯނިއާ ބޯޓާއި ހެލްކޮޕްޓަރު ބޭނުން ކުރަން މުއިއްޒު ހުއްދައެއް ނުދިނެވެ. އާހިރުގައި މުއިއްޒުގެ ބޮޑާކަމާއި ގޮތް ދޫނުކުރުމާ އިހުމާލުން އެ ކުޑަ ކުއްޖާގެ ފުރާނަ އުދުހިގެން ދިޔައީއެވެ. މި ދެމަރުގެ ޒިންމާ އުފުލަންޖެހެނީ ރައީސް މުއިއްޒުނޫން މީހެއް ނޫނެވެ. އިތުރު މިކަހަލަ އެހެން ހާދިސާއެއް ހިނގުމުގެ ކުރީން މުއިއްޒު ސައިޒްކުރަން ނިކުންނަން ޖެހެއެވެ.

]]>
Sat, 20 Jan 2024 19:15:00 +0500 ހީރަސްނިއުސް
މާމުއި ހަނދުގެ މޫސުން ނިމެނީ މުއިއްޒު ބޮލާފޮށާ އެޅިގެން! https://heerasnews.com/2196 https://heerasnews.com/2196 މާމުއި ހަނދުގެ މޫސުން (ހަނީމޫން ޕީރިއަޑް) ޑރ. މުއިއްޒު ސަރުކާރަށް ދެމަސް ވުމާއެކު ނިމިއްޖެއެވެ. ހަނީމޫން ޕީރިއަޑްގައި މުއިއްޒު ހޮއްލީ ހޮޅިއެވެ. މާމުއި ހަނދުގެ މޫސުމުގައި މުއިއްޒު ގިރަނީ ރަނބައެވެ. އިސްކުރީ ފަސަދައާއި މަކަރާ ހީލަތެވެ. ބަހަނީ ރިޝްވަތެވެ. ކުރަނީ އިސްރާފެވެ. ޖެހިފިތި ބާރުވެ ކަނޑަނީ އަވައްޓެރި ކަމުގެ ގުޅުމެވެ. ހިއްކުމުގެ ކުރިން ވިއްކަނީއެވެ.   

ވެރިކަމަށް އެރީ މަތި ލުއި ގާބިލު ސަރުކާރެއް ހިންގާށެވެ. އެކަމަކު ސިޔާސީ މަގާމު ދިނުމުގައި އެމީހެއް މިމީހެއް ކުށުގެ ރެކޯޑެއް ދަރަންޏެއް އަރަންޏެއް ނުބަލައެވެ. މީހަކަށް މަހަކު 66000.00 ރުފިޔާ ދޭ 45 ވަޒީރުން ލައިފިއެވެ. މަހަކު 42000.00 ރުފިޔާ ލިބޭ އަށްޑިހަ އެތައް ސްޓޭޓް މިނިސްޓަރުން އެބަތިއްބެވެ. މީހަކަށް 32000.00 ރުފިޔާ މަހަކުދޭ 160އަށްވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ވެސް ލައިފިއެވެ. އަދިވެސް ލަމުން ލަމުން ދަނީއެވެ.

ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރާއި ނައިބު ރައީސް ގަނޑުވަރުގައި އެކި ފެންވަރުގެ 400އެއްހާ ސިޔާސީ މުއައްޒަފުން އެބަތިއްބެވެ. ކޮންމެ މިނިސްޓްރީއެއްގައި ސިނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުން ތިބީ ހައްދެއް ނެތް މިންވަރަށެވެ. އަތޮޅުތަކުގައި އެކި ނަންނަމުގައި ތިބިހާ ސިޔާސީ މުއައްޒަފުން އިންތިހާއެވެ. އެ މީހުންގެ މުސާރައާއި އިނާޔަތް ތަކަށް މަަހަކު ވިއްސަކަށް މިލިޔަން ރުފިޔާ އެބަ ހޭދަކުރެއެވެ. ދުވަހަކު އެބުނާ 700 ސިޔާސީ މަގާމް ހަމަވާ ކަމަކަށް ނުހަދައެވެ. އުޑެއް ބުޑެއް ނޭނގޭ އެތައް ބަޔަކަށް ސިޔާސީ މަގާމު ދީގެން މުސާރަ ދިނުމަށް ދައުލަތުގެ ފައިސާ ހޭދަކުރުމުގައި ހައްދެއް ނެތެވެ. 

ޕާޓީއަށް މަޖިލީހުން މެންބަރުން ގަންނަން ފަންސާސް އެތައް މިލިޔަނެއް ހަރަދުކޮށްފިއެވެ. އެންމެ ހަތަރު މަސް ދުވަހުގެ މުހުލަތަށެވެ. ވެރިކަމުގައި ބަގުޑި ބައްދަން މަޖިލީހުގެ ގިނަ ގޮނޑިތަކެއް ނުހޯދައެއް ނުވާނެތާއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް މުއިއްޒު ހޯދަން ބޮޑެތި ފައިސާ ވެރިންނަށް ޕާޓީ ސްލޮޓް ދައްކައިގެން އެތައް ބިލިޔަން ރުފިޔާއެއް ކަޅާކޮށްލައިފިއެވެ. މާލެ ސިޓީ މޭޔަރު ކަމުގައި ހުރިއިރު މާލޭގެ އެތަން މިތަނުން އެއް ޕާކިން ސްލޮޓް އެތައް ބަޔަކަށް ވިއްކިހެން، ޕީއެންސީ މަޖިލިސް ސްލޮޓް ތަކުން ވަކި ސްލޮޓްތަކެއް ވަކި ބަޔަކަށް ހާއްސަ ކުރުމަށް ފަހު ދެން ހުރި ކޮންމެ ސްލޮޓެއް އެތައް ބަޔަކަށް ވިއްކައިފިއެވެ.

ފުނަދޫ ދާއިރާގެ ސްލޮޓް އަދުރޭއަށް މިލްކުކޮށް ދިން އިރު މުއިއްޒުގެ ކޮއްކޯފުޅު ސައުދާއަށް ފ. ނިލަންދޫ ދައިރާގެ ސްލޮޓް ހާއްސަކުރީ ވާދަކޮށްފާނެހެން ހީވާ ކޮންމެ މީހަކަށް ނުއެކަށޭނަ ބޮޑު ސިޔާސީ މަގާމް ދީގެންނެވެ. މުއިއްޒުގެ ދެބެންގެ ދެދަރި ބޭބޭފުޅު ނަމިރާ ނާޒިމަށް ދިއްގަރު ދާއިރާ ދިނީ ހިބައިންނެވެ. ރެޑްވޭވް ސަލީމަށް އޭދަފުށީ ދާއިރާގެ ސްލޮޓް ދިނީ ހިތަކަށެވެ. 

ދާއިރާ ތަކުގައި ކުރިއްސުރެ ޕްރޮގްރެސިވް ކޯލިޝަންގެ ރޫހު ދިރުވާ އާލާކޮށް ޖާނާ މާލުން ގުރުބާންވި މީހުންނަށް އެއްވެސް އިހުތިރާމެއް އިސްކަމެއް މުއިއްޒު ނުދިނެވެ. ކޮންމެ ދާއރާއަކަށް އެދާއިރާގެ މީހުން ދުވަހަކު ލޯނުދެކޭ ބަޔަކު މުއިއްޒުގެ ކެންޑިޑޭޓުން ގޮތުގައި ނެރެގެން ފައިސާއަޅާ ދާއިރާތައް ގަރަނބު ކޮށްލައިފިއެވެ. ރިޝްވަތާ ފަސާދައިގެ ތެރެއަށް ދާއިރާތައް ވައްޓާލީއެވެ.

އިހަށް ކުރަން ވާކަމެއް ފަހަށް ކުރަންވާ ކަމެއް ނޭނގި ކަންނުކޮށް ނަންވުމަށް ބިލިޔަން ހަރަދު ކުރަނީއެވެ. މުއިއްޒުގެ ކަމަކީ އަމިއްލަ މަގުބޫލުކަން މީހުންގެ ތެރޭގައި ނެތުމުން ސެލްފް ޕްރަމޯޝަނަށް ހަރަދު ކުރުމެވެ. ދައުލަތުން ކުރާނެހާ ކަމެއް ކުރަމުން ދައުލަތް ދަރަނިވެރިވެފައި ވާހަކަ ދައްކަނީ ރައްޔިތުންގެ ހަމްދަރުދީ ހޯދުމަށެވެ.

އެއްޗެއް ނުފޮރުވާން ހުވާކޮށްގެން ވެރިކަން ހޯދި މުއިއްޒަށް ހައްސާސްކަން ބޮޑުވެ ހާމަކުރެވޭ އެއްޗެއް ނެތެވެ. ފެނަކައިން މުއައްޒަފުން ވަކި ނުކުރާން ވަދުވެގެން ވޯޓު ހޯދި މުއިއްޒު ވެރިކަމަށް އެރިގޮތަށް ކަނޑަނީ ފެނަކައިގެ މުއައްޒަފުންނެވެ. ރައީސް ޔާމީނު މިނިވަން ކުރުމާއި އިންޑިއާ ސިފައިން ބޭލުމާއި ގެއްލުނު ކަނޑުވީ ހިޔާލީ ފޮލާއަކަށެވެ. މާމުއި ހަނދުގެ މޫސުން ނިމިދާ ގޮތުން މުއިއްޒު ބޮލާފޮށާ އެޅޭތަން އެބަފެނެއެވެ. 

]]>
Thu, 18 Jan 2024 15:03:37 +0500 ހީރަސްނިއުސް
މާލެ ސިޓީ ކައުންސިލަށް: ބޭނުންވަނީ ދިދަފަތި ދަމާދޭން ތިބެންތަ! https://heerasnews.com/2195 https://heerasnews.com/2195 އާނއެކެވެ. މާލޭ ސިޓީ ކައުންސިލްގެ މަސައްކަތް ވަކިގޮތަކަށް ނިންމަން ސަރުކާރުން އެއްވެސް ނުފޫޒެއް ކައުންސިލްގެ މައްޗަކަށް ނުފޯރުވައެވެ. ނިންމި ކަމެއް ނިންމީ ކައުންސިލުގެ މެންބަރުންގެ މެދުގައި ނެގިވޯޓަކުންނެވެ. 

މާލޭ ސިޓީކައުންސިލަށްް ރައްޔިތުން މޭޔަރަކު އިންތިހާބުކޮށް އެ މޭޔަރު މަގާމާއި ހަވާލުވާން ވަނީ ތައްޔާރުވެފައެވެ. އައު މޭޔަރ މަގާމާ ހަވާލު ވުމުގެ ކުރީން މާލޭ ސިޓީ ކައުންސިލުން ކައުންސިލްގެ ވާގި އަމިއްލައަށް ނައްތާލާތަން ދަނީ ފެންނަމުންނެވެ.

މާލެސިޓީ ކައުންސިލުން ހިންގަމުންއައި 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މަޝްރޫއު ތަކެއް ސަރުކާރާ ހަވާލު ކުރަން ނިންމީ ކައުންސިލުގެ ބާރު އަމިއްލައަށް ކަނޑުވާލުމަށެވެ. އެވަރުގެ ނިންމުމެއް ނިންމާނީ ކިހާ އިހުލާސްތެރި ކައުންސިލެއް ވީމާ ހެއްޔެވެ. އަވަސް އަރުވާލައިގެން  ކައުންސިލުން އެ ނިންމުން ނިންމުމުގެ ފަހަތުގައި ނުފޫޒެއް ނެތޭ ބުނީމާ ގަބޫލު ކުރާނީ ކާކު ހެއްޔެވެ. 

މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ކަންތައް ތަކެއް ކައުންސިލުން ނުކުރާން ނިންމާ އެހެން ބަޔަކާ އެކަން ކުރަން ހަވާލު ކުރާނީ ކިހާ ޒިންމާދާރުކަން ކުޑަވީމަ ހެއްޔެވެ.

މާލެ ސިޓީގެ ކަންކަން ކުރިއަށް ގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވަނިކޮށް ޑެޕިއުޓީ މޭޔަރު ނަރީސް އިސްވެހުރެ ސިޓީ ކައުންސިލްގެ ވާގިނައްތާލަން ނޫޅެ، ކަން ނުވަންޏާ އިސްތިއުފާ ދީފާ ވާ ބަޔަކާ ގާނޫނީ ޒިންމާ ހަވާލު ކުރާށެވެ. 

ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް ރައީސް އޮފީހުން ވަޒީރުން ފޮނުވައިގެން ސިޓީ ކައުންސިލްގެ އަތް ބަންނަން މުއިއްޒެއް ކަމަކު އުޅޭނެކަމެއް ނެތެވެ. މޭޔަރަކަށް އާޒިމާ ނުހޮވުމުގެ އުގޫބާތް މާލޭ ރައްޔިތުންނަށް ދޭން ނުހަދާށެވެ. 

އާދަމް އާޒިމުގެ މޭޔަރު ކަމުގައި މާލޭ ރައްޔިތުން އެދޭ ހެޔޮ ބަދަލު ލިބުނަ ނުދިނުމަށް މުއިއްޒާ ގުޅިގެން ނަރީޝްމެން އުޅުމުގެ މާނައެއް ނެތެވެ. ރައީސް ޔާމީނު ވަރެއް ނެތިގެން ކުރިން އުޅުނު އެންމެންގަނޑު މުއިއްޒު ފަހަތުގައި ރުކުރުވާ ލައިގެން ތިޔަ ތިބިއްޔަކީ އިހުލާސްތެރި ކަމަކުން ނޫނެވެ.

އަމްދުން ރައީސް މުއިއްޒަށް އެއްބާރުލުން ދިނަސް ނުދިނަސް ސިޓީ ކައުންސިލުގެ ކައުންސިލަރުންނަށް ގެއްލޭނެ އެއްޗެއް ނުއޮންނާނެއެވެ. އައު މޭޔަރާ ގުޅިގެން މާލޭއަކީ ރައްކާތެރި އަމާން، މީހުން އުޅޭ ހިތްވާ ކަހަލަ ސިޓީއަކަށް ހެދުމަށްވުރެ ބޮޑު ކާމިޔާބެއް ކައުންސިލަރުންނަކަށް ނުއޮންނާނެއެވެ. 

ގައުމާއި އަމިއްލަ ސިޓީއަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތުގައި ރައީސް ބޭނުންވާހާ ގޮތް ގޮތަށް ކަންފަހިކޮށް ދޭން އުޅުމަށްވުރެ ކައުންސިލް ބޭނުންވާ ގޮތަށް ރައީސް ލައްވާ ކަންކަން ކުރަން އުޅުން މާ ބުއްދިވެރި ވާނެއެވެ. ކައުންސިލްގައި އޮންނަ ބާރުތައް ސަރުކާރަށް ދީގެން ސަރުކާރުން ބޭނުން ވީމާ ދިދަފަތި ދަމަން ތިބޭ ބަޔަކަށް ކައުންސިލަރުން ނުވުމަށް ނަރީޝް މެން ވިސްނާން އެބަ ޖެހެއެވެ. 

]]>
Thu, 18 Jan 2024 12:03:39 +0500 ހީރަސްނިއުސް
ޔުނީފޯމް ނާޅަންޏާ މުއިއްޒަށް އިންޑިއާ ސިފައިން އޯކޭ! https://heerasnews.com/2186 https://heerasnews.com/2186 ބަވަނަވެތި ދުނިޔޭގައި އެއްގައުމެއްގައި ނެތް ގާބިލުކަން ހުރި ގައުމަކުން ހޯދާ ވަސީލަތް ނެތް ގައުމުތައް ފައްކާ ކުރުމަކީ އަދުގެ ދުނިޔޭގެ ހަގީގަތެވެ. ގައުމުތައް ގުޅިގެން ޓެރެރިޒަމާއި ވަގުވިޔަފާރިއާއި ޑްރަގާއި ކަނޑުފޭރުމާ ދެކޮޅަށް މަސައްކަތް ކުރަނީ ސިއްރަކުން ނޫނެވެ. އެއްބައެއްގެ ގާބިލުކަން ހުންނަވަރަކުން އަނެއް ބަޔަކަށް އެހީތެރި ވުމަކީ އަދުގެ ދުނިޔެ ފައްކާވަމުން އަންނަ ގޮތެވެ.  

ވަގަށް ހަތިޔާރާއި ޑްރަގާއި ތެޔޮވިއްކުމާއި ކަނޑުފޭރުމުގެ ކާރޫބާރު އެންމެ ގަދަޔަށް ހިގާ އެއް ސަރަހައްދަކީ އިންޑިއާކަނޑެވެ. އިންޑިއާ ކަނޑުގައި ހިންގާ ގައިރު ގާނޫނީ ކަންކަން ހުއްޓުވުމަށް އިންޑިއާ ކަނޑު ހިއްސާ ކުރާ ގައުމުތައް ގުޅިގެން ބައިނަލް އަގުވާމީ ގުޅުމުގެ ތެރެއިން ފަހަކަށް އައިސް ގިނަގުނަ މަސައްކަތް ތަކެއް ކުރެވެއެވެ. އިންޑިއާ ކަނޑު ހިއްސާކުރާ ގައުމު ތަކުގެ ތެރެއިން ހުރިހާ ގޮތަކުން އިންޑިއާގެ ގާބިލުކަން އެހެން ހުރިހާ ގައުމަކަށް ވުރެ ބޮޑެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމުގެ މަސައްކަތުގައި އިސް ދައުރު އަދާކުރަނީ އިންޑިއާއެވެ. 

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ ކުރަންޖެހޭ ކަންކަން ކުރުމުގެ ގާބިލުކަން ކުޑަ ގައުމުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދީ ދުވަހުން ދުވަހަށް ހިންގަންޖެހޭ ހަރަކާތްތައް އިންޑިއާއިން ހިންގާދެއެވެ. އެގޮތުން ރާއްޖޭގައި ދެހެލިކޮޕްޓަރާއި ޑޯނިއަރ ބޯޓެއް ބާއްވައިގެން އެ އޮޕަރޭޝަން ރާއްޖެއަށް އިންޑިއާއިން ހިންގާދެނީ އެހެން ވެގެންނެވެ. އެވަރުގެ އޮޕަރޭޝަނެއް ހިންގުމަށް މާލީ ބޮޑު ހޭދައެއް ކުރުމަށްވުރެ އެހެން ކަންކަމަށް ރައްޖޭން ކުރަންޖެހޭ ހަރަދު ގިނަވެފައި ބޮޑެވެ. އެހެން ކަމުން އިންޑިއާއިން އެ ޒިންމާ އަދާކޮށް ދިނުމަކީ ރާއްޖެއަށް ހުރިހާ ގޮތަކުންވެސް ލުއި ހަރަދު ކުޑަ ފައިދާ ބޮޑު ކަމެކެވެ. އަނެއްކޮޅުން ސާރޗް އެންޑް ރެސްކިއު އޮޕެރޭޝަނަށް ބޮޑު ހަރަދެއް ނުކޮށް އިންޑިއާއި އެ ހިދުމަތް ލިބުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. އެތައް ބައެއްގެ މުދަލާއި ފުރާނަ ސަލާމަތް ކޮށްދޭ ކަމެކެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސަރަހައްދު ބެލެހެއްޓުމުގެ އޮޕަރޭޝަނުގައި ރާއްޖެ އޮތް ތަނުގެ ގޮތުން ރާއްޖެއަކީ ވަރަށް މުހިންމު ތަނެކެވެ. އެހެން ކަމުން ރާއްޖޭގައި އެ އޮޕަރޭޝަން ހިންގުން އިންޑިއާއަށް މުހިންމުވަނީއެވެ. އެނޫން ބޭނުމެއް އިންޑިއާއަކަށް ރާއްޖޭގައި ނެތެވެ. ބުނެވުނު އެއްޗެއް ވީމާ ބަސް ގަދަކުރަން ގައުމު ނުރައްކަލަށް ވައްޓާލައިގެންވެސް މުއިއްޒު ބޭނުން ވަނީ ނަމެއްގައި އިންޑިއާ އައުޓް ކުރާށެވެ.

މުއިއްޒެއް ކަމަކު ދިވެހި ރައްޔިތުންނާ ބަތް ކައްކާ ކުޅެން ނޫޅޭށެވެ. ގައުމުގެ މިނިވަންކަން ގެއްލޭތީ ތެޅިފޮޅުނު މުއިއްޒަށް އިންޑިއާގެ ޑޯނިއަރ ފްލައިޓާއި ދެ ހެލްކޮޕްޓަރުން ހިންގާ އޮޕަރޭޝަން ހިންގަން އިންޑިއާ ބަޔަކު ތިއްބަސް މިހާރު އޯކޭއެވެ. އިންޑިއާ ސިފައިންގެ ޔުނީފޯމް ލައިގެން ބަޔަކު ނުތިބެނިކޮށް އިންޑިއާ ސިފައިން އައުޓް ވީކަމަށް މުއިއްޒަށް ވީއެވެ. 

ޕޯޑިއަމަކަށް ހުއްޓެވުނީމާ ރާއްޖެއަކީ މިނިވަން ގައުމެކޭ އެއްގައުމަކަށް ބަރޯސާއެއް ނުވާނަމޭ ސިޔާދަތޭ ރަތްރޮނގޭ ކިޔާއިރު ހުންނަނީ އޮށްދާހިއްލާ މޭގަނޑު އަނގަޔަށް އަންނަ ވަރަށް ބިރުގެންފައެވެ. އެވާގޮތެއް ނޭނގެއެވެ. އެކަމަކު ގޯހެއް ނޫނެވެ. މުއިއްޒުގެ ހަމައިން ރައީސް ޔާމީނު ވެސް މިނިވަންކޮށްފިއެވެ. މިހަރު އިންޑިއާ ސިފައިން ބާލާ ނިންމަނީއެވެ. އާނއެކެވެ. ޔުނީފޯމް އަޅައިގެން ނޫޅެންޏާ ސިފައިންނަކަށް ނުވާނެތާއެވެ.

މުއިއްޒުގެ ހަމައިން ރައީސް ޔާމީނު މިނިވަން ކުރިޔަސް ބަންދުގައި ހުންނަވާހެން އިންޑިއާ ސިފައިން ބޭލުންވެސް ޖެހެނީ އެއްތާނގައެވެ. މުއިއްޒު ބަލާ ގޮތަށް އިންޑިއާ ސިފައިން ބޭލީމާ އިންޑިއާގެ ޑޯނިއަރ ފްލައިޓާއި ދެ ހެލްކޮޕްޓަރުން ހޯދާ އެއްކޮށް ފޮނުވަމުންދާ މައުލޫމާތު ބަރާބަރަށް އިންޑިއާއަށް ލިބިލިބި ހުންނާނެއެވެ. ތިބި އިންޑިއާސިފައިން ޔުނީފޯމް އެޅުން ހުއްޓުވާފާ އިންޑިއާ ސިފައިން ބޭލުނު ކަމަށް ބުނެ ހަވާ އެރުވީމާ ހުންނަނީ އިންޑިއާ ސިފައިން ރަނގަޅަށް ބޭލިފައެވެ. 

]]>
Mon, 15 Jan 2024 14:28:00 +0500 ހީރަސްނިއުސް
މާލޭ މޭޔަރަކަށް ބޭނުންވަނީ ދަރަނި ބޮލެއް ނޫން https://heerasnews.com/2169 https://heerasnews.com/2169 ލާމަރުކަޒީ ގާނޫނުގައި ސަރުކާރުން އަޅާހާ ބަތަކަށް ރިހަވާ ބަޔަކު ސިޓީ ކައުންސިލްގައި ތިބޭ ގޮތަށް އޮންނަ ނަމަ ވާދަވެރި އިންތިހާބަކުން މެންބަރުންނާއިމޭޔަރު އިންތިހާބު ކުރާކަށް ނުޖެހޭނެއެވެ. މޭޔަރަކަށް ގެންނަންވާ މީހާ ސަރުކާރަށް އެގެންޖެހޭ ގޮތަށް އޮންނަ ނަމަ އިންތިހާބެއް ބާއްވައިގެން މޭޔަރަކު ހޮވާކަށް ވެސް ނުޖެހޭނެއެވެ.

ރައްޔިތުންގެ ގިނަ ބަޔަކަށް ފެންނަނީ މޭޔަރަކަށް ސަރުކާރުގެ ޕަޕެޓެއް ބަހައްޓަން ކަމަށް ވާނަމަ ރައްޔިތުން މޭޔަރަކަށް ހޮވާނީ ޕަޕެޓެކެވެ. ސަރުކާރުގެ ކުޅޭކުޅޭ ބުދެއް ހޮވަން ބޭނުން ނުވަންޏާ ރައްޔިތުން ހޮވާނީ ސަރުކާރުން ކިޔާހާ ލަވަޔަކަށް ނުނަށާނެ މޭޔަރެކެވެ.

ސަރުކާރުން ކުރާހާ ކަމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ރަނގަޅު ކަންކަމަށް ނުވެދާނެއެވެ. އެހެންކަމުން ސަރުކާރުގެ ޕަޕެޓެއް މޭޔަރަކަށް ހޮވައިގެން ރައްޔިތުން އެދޭ މޮޅާ ރަނގަޅު ނުވުން ކައިރިއެވެ. ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރާނަމަ މޭޔަރަކީ އެއްކޮޅު ނުވަތަ ދެކޮޅު ޕާޓީއެއްގެ މީހަކަށް ވުމަކުން ރައްޔިތުންނަށް ލިބޭނެ ދެރައެއް ނެތެވެ.

ހަމަ ރަނގަޅަށެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ އުފެދުމުގައިވެސް ބާތިލު ގާނޫނީ ލަފާދީގެން ދައުލަތުން އެތައްސަތޭކަ މިލިޔަން ޑޮލަރެއް ނަގާލާފައިވާ އަދި އިތުބާރު ގެއްލިގެން މަގާމު ގެއްލި އޮފު ކެނޑިފައިހުރި ބަންޑާރަ ނައިބެއް ނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ މާލޭ މީހުނަށް މާލެ ސަރަހައްދުން ގޯތިދޭތީ ދެފައިކައިރި ނުވެގެން ޓްވިޓަރގައި އަޑު އުފުލި ބޭނޭ ނާޅިއެއް ނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ ފައިލު ބޮޑި ބަނޑުދަށު ލައިގެން ކޯޓަށް ހިގާނެ ލޯޔަރެއް ވެސް ނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ އެއްޕާޓީން އަނެއް ޕާޓީއަށް ދުވެ އެތޯހެވީ މިތޯހެވީ ބަލާ އޮއެ ކަނދެއް ވެސް ނޫނެވެ.

މާލޭގެ މޭޔަރަކަށް ބޭނުންވަނީ މީހަކާ ގުޅިގެން އުފާވެރި ހަޔާތެއް ހޯދަން ނޭނގިފައިހުރި މަވެތި އެކަނިވެރި މައެއްވެސް ނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ އުމުރުގެ ބޮޑުބައިގާ ގައުމުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި ހުރެ އަންހެނުން ބާރުވެރި ކުރުވުމުގައި ފޭލިވެފައި ހުރި ކަނބަލެއް ވެސްނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ ލަގްޒަރީ ދިރިއުޅުމަށްޓަކާ ދަރަނިވެރިވެ ދަރަނިން ބޯހިކެންނެތް ދަރަނި ބޮލެއްވެސް ނޫނެވެ.

ވިސްނާ ފިކުރު ކުރާށެވެ. އަމިއްލަ ދިރިއުޅުމުގައި ފެއިލްވެ ބަނގުރޫޓުވެފައިވާ މީހަކަށް މާލެ ސޓީގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކޮށްދެވޭނީ ވަކިން ކޮން ކަމެއް ހެއްޔެވެ. ދެފޮޅުވަތް ދޭތެރެއިން ގާނޫނީ ބައުބައު ގަނޑު ހޯދައިގެން ފަސްކޮށް ލަސްކޮށް ދިގުދެންމުން ނޫން ކަމެއް ބަނގުރޫޓް ލޯޔަރަކަށް ނުކުރެވޭނެއެވެ. އާހިރުގައި ސަރުކާރަށް ވެސް އެކަހަލަ މޭޔަރަކު ވާނީ އަޅާފައި އޮތް ކަނޑު މައްޗަކަށެވެ.

]]>
Mon, 08 Jan 2024 11:36:03 +0500 ހީރަސްނިއުސް
ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލެވޭ އަޑު ގަދަވަނީ https://heerasnews.com/2166 https://heerasnews.com/2166 އިދިކޮޅު ޕާޓީގެ ގޮތުގައި ތިބެ ރޫލިންގ ޕާޓީއާއި ދެކޮޅަށް ދައްކާ ވާހަކައެއް ގޮތުގައި އިންޑިއާ އާއި ދެކޮޅުވެރި ވާހަކަ ޕީޕީއެމް-ޕީއެންސީ އިން ދެއްކިޔަސް އެކަމަކީ މާބޮޑު މައްސަލައެއް ކަމަކަށް އޭރަކު އިންޑިއާ އަކުން ނުދެކެއެވެ. ރާއްޖޭގެ ސިޔާސަތަކީ އެއީ ނޫންކަން އޭރު އިންޑިއާއިން ގަބޫލު ކުރެއެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަށް އެކަން ހަޖަމު ކުރާކަށް އޭރަކު އުނދަގުލެއް ނޫނެވެ.

ވެރިކަމަށް ޕީއެންސީ - ޕީޕީއެމް އައުމަށް ފަހުވެސް އިންޑިއާއަށް ފުރައްސާރަ ކުރުމެއް އެމީހުން ނުހުއްޓައެވެ. ރައީސް ޑރ. މުއިއްޒު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ގިނަ ބަޔަކު ހުއްޓާނުލާ ކޮންމެ ދުވަހަކު އިންޑިއާއަށް ފުރައްސާރަ ކުރާ ކުރުން ސީރިއަސް މައްސަލައެއް ގޮތުގައި އިންޑިއާއިން ނަގައިފިއެވެ. ރައީސް މުއިއްޒުގެ ވަޒީރުންގެ ނައިބުންނާއި ވެރިކަން ހިންގާ ޕާޓީގެ އިސްސަފުގައި އުޅޭ އެތައް ބަޔަކު އިންޑިއާއާއި ދެކޮޅަށް އުފުލަމުންދާ އަޑަކީ ދިވެހި ސަރުކާރުގެ ސިޔާސަތު ނޫން ކަމަކަށް މިހާރަކު އިންޑިއާއަކުން ނުދެކެއެވެ. 

ވެރިކަމުގެ ހުވާކުރި ފަހުން ރައީސް މުއިއްޒު ވެސް އިންޑިއާ އާއި ދެކޮޅަށް އެކި ފަހަރު ދައްކަވާފައިހުރި ވާހަކަ ތަކުން ދިވެހި ރާއްޖެއާއި މެދު އިންޑިއާގެ ހިތް ހެވެއް ނޫނެވެ. ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިންޑިއާގެ އާއްމު ރައްޔިތުންނާ ހަމައަށް ތިލަވެ އެއް ރޫހެއްގައި ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެންޕޭނަކަށް ތައްޔާރު ވަމުން ދާކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. 

އިންޑިއާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ދަތިކޮށް އިންޑިއިން ބޭރުވާވަރު ކޮށްލުމުގެ އަމާޒު ހިފައިގެން މަސައްކަތްތަކެއް ކުރުމަށް ރޭވެމުންދާ ކަމަށްވެއެވެ. ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދާ ދިވެހިންނަށް ދަތިކުރުމާއި ކުރިން ދިވެހިންނަށް އިންޑިއާގައި އޮންނަ ލުއިތައް މުޅިން ކަޑާލުމަށް ވިސްނަމުން ދާކަމަށް ވެއެވެ. 

ރާއްޖެ އަންނަ އިންޑިއާ ޓުރިސްޓުންނަށް ލަކުޑިދީބުގެ ގޮނޑުދޮށްތައް ހާއްސަކޮށް، ހާއްސަ ޓޫރިޒަމް ޒޯނަކަށް ލަކުޑިދީބު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ރާއްޖެއަށް އިންޑިއާ އިން ގެންނަ އަސާސީ މުދާ ލިބުމުގައި ދީފައި އޮންނަ ހުރިހާ ލުއިތަކެއް ދިނުން ހުއްޓާލާ ރަސްމީކޮށް އިއުލާނު ނުކޮށް ދަތިކުރުމުގެ ފިޔަވަޅު ތަކެއް އެޅުމަށް ވިސްނަމުން ދާކަމަށް ވެއެވެ.

ރާއްޖެއަކީ ބަޖެޓް ސަޕޯޓްގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ހިލޭ އެހީއާއި ލޯނު އެހީ ދެމުން އަންނަ އެންމެ އެކުވެރި ގައުމެވެ. ލޯނުތައް ރިސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ދަނީ ކުރެވޭތޯ ބަލަމުންނެވެ. އެހެނެއް ކަމަކު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެކަމަކީވެސް އެހާ ފަސޭހައިން މިހާރަކު ކޮށްދެވެން އޮތް ކަމަކަށް ނުވެއެވެ. 

ރާއްޖެއަށް ދިމާވި ދަތި އުނދަގޫ ހުރިހާ ވަގުތެއްގައި އެންމެ އަވަހަށް އެންމެ ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައި ވަނީވެސް އިންޑިއާއިންނެވެ. 88 ނޮވެމްބަރ 3 ގެ އުދުވާނާއި ސްނާމީ އާއި މާލެ ފެނަށް ޖެހުމުންނާއި ކޮވިޑްގެ ހާލަތުގައި އިންޑިއާއިން ވެދިން އެހީތެރިކަމަކީ ދިވެހިން ބަލައިގަތް ކަންކަން ކަމަކަށް މިއަދަކު އިންޑިއާ އަކުން ނުދެކެއެވެ. 

ރާއްޖޭގެ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަމަލުކުރާ ގޮތުން ރާއްޖޭގެ ބޯމައްޗަށް ނަގާ ވިލާގަނޑުގެ ބޮޑުކަމާއެވެ. ސޯޝަލް މީޑިއާގައި އިންޑިއާ އައުޓް ކެންޕޭން ފުޅާ ދާއިރާއެއްގައި ހިންގަނީ މިދުއަމް ސައުދު ކިޔާ ދިވެއްސެއް ކަމަށް މައުލޫމާތު ލިބެއެވެ. މިދުއަމް ސައުދަކީ ޗައިނާ-މޯލްޑިވްސް ޕްރެންޑްޝިޕް ޖަމުއިއްޔާގެ އިސް މަސްއޫލު ވެރިއެއް ކަމަށްވެއެވެ. އޭނާ އިންޑިއާ އާއި ދެކޮޅަށް ކުރާ ކެންޕޭނަކީ ޗައިނާގެ މަސްލަހަތުގައި ކުރާ ކަމެއްކަމަށް ބުނެއުޅެއެވެ. ކޮންމެ ހެނެއް ވިޔަސް ކަމަކީ އެކަމުގެ ނުރައްކާތެރިކަން ރާއްޖެއަށް އިންތިހާއަށް ބޮޑުކަމެކެވެ.

]]>
Sat, 06 Jan 2024 19:31:17 +0500 ހީރަސްނިއުސް
އެމްޑީޕީ ނޭވާ ހޮޅިއަށް އެޅެނީތަ! https://heerasnews.com/2152 https://heerasnews.com/2152 އޭ މިއޮތް އެމްޑީޕީއާއެވެ. ތިބާ ތިޔަ އޮތީ ކިހިނެތްވެފައި ހެއްޔެވެ. ތިބާއަށް އިތުބާރުކޮށްގެން ތިބިހާ ބަޔަކަށް ތިބާގެ ފުށުން ފެންނަނީ މާޔޫސް ކަމެވެ. ހާސްކަމެވެ. ނުތަނަވަސް ކަމެވެ. ނާއުންމީދެވެ.

ތިބާގެ ކިބައިގައި ހުރި ވެއްޓުނީމާ ތެދުވެ ހިންދަމާލުމުގެ ހަކަތަ މިހާރު ކޮބާހެއްޔެވެ. ޒިންމާދާރު ވާދަވެރި ހަކަތަ ނެތުނީ ހެއްޔެވެ. އާރެއް ބާރެއްނެތް ކޮންމަސްބުރި އަކަށް ބަދަލުވީ ހެއްޔެވެ. ޑީއާރުޕީ ދިޔަމަގުން ދާން ދޫކޮށްލީ ހެއްޔެވެ. ނޫނީ އެމްޑީޕީ ނޭވާ ހޮޅިއަށް އެޅެނީ ހެއްޔެވެ.

ވެރިކަމުގައި އޮތުމާއި ނެތުމަކީ ކުރިއަކުން އެމްޑީޕީއަކަށް މުހިންމު ކަމެއް ނޫނެވެ. ރައްޔިތުންގެ ހައްގުތައް ހޯދާކަށަވަރުކޮށް ދިނުމަށް އެމްޑީޕީން ކުރިކަމެއްކުރީ ވެރިކަމުގައި އޮވެގެނެއް އެކަންޏެއް ނޫނެވެ. 18 އަހަރަށް ވޯޓުލުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ ހައްގު ހޯދީ ވެރިކަމުގައި އޮވެގެނެއް ނޫނެވެ. ޕާޓީ ނިޒާމަށް ރާއްޖޭގެ ވެރިކަން ފުރޮޅާލީ ވެރިކަމުގައި އޮވެގެނެއް ނޫނެވެ. ފޮތް ލިސްޓާއި ޖިސީއީ ފައިސާއަށް ސަލާން ޖެހުން ހުއްޓުވީ ވެރިކަމުގައި އޮވެގެނެއް ނޫނެވެ. ޕާޓީގެ މެންބަރޝިޕް ބޮޑުވެގެން ގޮސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވީ ވެރިކަމުގައި އޮވެގެނެއް ނޫނެވެ. އެ ހަކަތަ މިއަދު ކޮބައި ހެއްޔެވެ. 

ބައިބަޔަށް ކޯނި ކޯންޏަށް ޕާޓީން މެންބަރުން ކެނޑެމުން އެބަދެއެވެ. މަޖިލީހުގައި ލިބި އޮތް ސްޕަރ މެޖޯރިޓީ ތޭރައިން ތޭރައިން ކެނޑި މެޖޯރިޓީ އޮތީ ކިރިޔަ ކިރިޔާއެވެ. ތިޔަ ބަލަނީ އެއީވެސް ކާމިޔާބެއް ކަމަށް ހެއްޔެވެ. އިއްޔެއާއި ޖެހެންދެން ކިރިޔަކިރިޔާ ތިންހާސް ހަމަވާ ނުވާގައި އޮތް ޕާޓީއެއްގެ މެންބަރުޝިޕް އެމްޑީޕީއާއި އަރާ ހަމަކުރަނީއެވެ. އަދިވެސް ތިޔަ އޮތީ ހަނެވެ. 

އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެންބަރުން މީގެ ކުރިން ޕާޓީ ބަދަލުނުކޮށް ތިބެނީކީ ޕާޓީ ބަދަލު ކުރުން މަނާ ކުރާ ގާނޫނެއް އޮވެގެނެއް ނޫނެވެ. ޕާޓީގެ ޓިކެޓްގައި ހޮވޭ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އެމްޑީޕީން އެ މެންބަރަކު ސައިޒް ކޮށްލާތީއެވެ. އަޑުއުފުލާ މުޒާހަރަކޮށް އެ މީހަކަށް މީހުންގެ ތެރޭގައި އިސްއުފުލާ ނުލެވޭވަރު ކޮށްލާތީއެވެ. ޕާޓީގެ ހައްގު ކަށަވަރު ކުރަން ޕާޓީން ކެރިގެން ނިކުންނާތީއެވެ.   

ދޮގާ ވަގާ މަކަރުން ވެރިކަމަށް އަރާހުރީ ކައިރީގައި މަޖިލިސް މެންބަރަކު ނެތް ސިޔާސީ ގޮތުން ހޮޅި ގިނިކަންޏާ ހުރި މީހެކެވެ. އެމްޑީޕީ ރިޔާސީ އިންތިހާބުގައި ބަލިވިއެއްކަމަކު އެއްލައްކަ ނުވަހާހަށް ވުރެ ގިނަ މީހުން އެމްޑީޕީއަށް އިތުބާރުކޮށް ވޯޓު ދިނެވެ. އަދަދުން ބަލާއިރު އެއީ ކުޑަ އަދަދެއް ނޫނެވެ. ވެރިކަން ހޯދި މީހުން ފިޔަވާ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް އެމްޑީޕީއަށް ލިބުނު ވަރާ ގާތަށްވެސް ވޯޓެއް ނުލިބެއެވެ. އެހެނެއް ކަމަކު ހިތްވަރުގެ ބަހެއްގެ މިންވަރުވެސް އަދިއަދަށް ވެސް އެމްޑީޕީން ބުނެ ނުލެވެއެވެ. ލިބިއޮތް ތާއީދު ހިފެހެއްޓުމަށް ކުރެވުނު ކަމެއްނެތެވެ. 

ކިތަންމެ ކުޑަޔަސް އިންތިހާބަކުން ފޭލިވުމަކީ ބޮޑު ބައްޔެކެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ތަކާއި ޑަބްލިޔުޑީސީ ބައިލެކްޝަންތަކުންވެސް އެންމެ ގޮނޑިއެއްވެސް އެމްޑީޕީއަށް ނުހޯދުނެވެ. ދެން ކުރިމަތީގައި އޮތީ ބޮޑު ދެއިންތިހާބެވެ. މާލެ ސިޓީ ބައި އިލެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ.

މާލެސިޓީ މޭޔަރު ކަމަށް އެމްޑީޕީ ނިކުމެ ހުންނެވީ ހަކަތަހުރި ނަތީޖާ ނެރެދީފައިވާ އިތުބާރުހުރި ކެންޑިޑޭޓެކެވެ. އެހެނެކޭ ކިޔާ ފުކެއްވެސް ދޫކޮށް ލެވިއްޖެނަމަ ރައީސް ސޯލިހު ކުރެއްވި ތަޖުރިބާ އެމްޑީޕީ ކުރަންޖެހިދާނެއެވެ. އެމްޑީޕީގެ މުޅި ރީނދޫ ލަޝްކަރު ނިކުމެ އެއްވާނަކަށް މަސައްކަތް ނުކޮށްފިނަމަ ކަންޒު ކަހަނބާ މުސަޅުގެ ރޭހަށް ވެދާނެތީ ބިރު ގަނެއެވެ.  

]]>
Mon, 01 Jan 2024 18:32:38 +0500 ހީރަސްނިއުސް
މުއިއްޒު އަޒުލް ކުރަންޖެހޭ ސަބަބުތައް މިއޮތީ! https://heerasnews.com/2142 https://heerasnews.com/2142 ގައުމެއްގެ ވެރިޔަކު އިންޕީޗް ކުރުމަކީ މާ މޮޅުކަމެއް ނޫނެވެ. މާގަދަ ކަމެއް ނޫނެވެ. މާރީތި ކަމެއް ވެސް ނޫނެވެ. ގައުމެއްގެ ވެރިއަކު އިންޕީޗް ކުރުމަކީ ގައުމަށް ލޮޅުން ތަކެއް ނަރާވަރުގެ ކުޑަކުޑަ ކަމެއް ވެސް ނޫނެވެ. ވެރިއަކު އަޒުލް ކުރުމަކީ ނުކޮށް ވާން އޮތިއްޔާ ނޫނީ ކުރާވަރުގެ ކަމެއްވެސް ނޫނެވެ.

އެހެނެއް ކަމަކު ގާނޫނީ ހަމަތަކުގެ މަތިން ވެރިމީހާ އަޒުލް ކުރެވޭ ގޮތަށް ހަމަޖެހިފައި އޮންނަނީ އެހާލަތު މަދުން ނަމަވެސް ކުރިމަތި ވާނެތީއެވެ. ވެރިކަމެއްގެ ކިތަންމެ ޅަފަތުގައިވެސް ވެރިއަކު ވެރިކަމުން ދުރުކުރަން ޖެހިއްޖެނަމަ ކުރެވޭ ގޮތަށް އޮންނަނީ ރައްޔިތުންގެ ހެވާ ލަބައަށްޓަކައެވެ. ވެރިކަމަށް ރައްޔިތުން މީހަކު އިންތިހާބު ކުރުމަކީ އެމީހަކު ކުރާނެހާ ކަމެއް ކުރަންދެވޭ ލައިސަންސަކަށް ނުވާތީއެވެ. މީހަކު ވެރިކަމަށް އެރީ ދޮގާ ވަގާ މަކަރާ ހަދައިގެންކަން ފަޅާއެރުމުން އެމީހަކު ވެރިކަމުން ބޭލުމަކީ ނުކޮށް ނުވާނެ ކަމެކެވެ. ލަސްކޮށް ފަސްކުރުން ހެޔޮނުވާނެ ކަމެކެވެ.

ވެރިކަމަށް އައުމަށްޓަކާ މީސްމީހުން ވައުދުވެއެވެ. ވާހާ ވައުދަކީ އަކުރުން އަކުރަށް ފުއްދޭ ކަންކަމަށް ވެސް ނުވެދެއެވެ. އެހެނެކޭ ކިޔާ އެ މީހާއަކީ ވައުދު ނުފުއްދާ ދޮގުހަދާ މީހަކަށް ބަލައިގެން ވެރިކަމުން ބާލާކަށް އެކަކުވެސް ނޫޅޭނެއެވެ. 

ވެރިކަމަށް އައުމަށް ވާވައުދަކީ އެވައުދެއްގެ ސަބަބުން ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވެއްޖެނަމަ އެއީ ބިރުވެރި ކަމެކެވެ. އެވައުދެއްގެ ސަބަބުން ގައުމުގެ ގާނޫނުގެ ބާރު ކެނޑި ދައުލަތުގެ ހުކޫމަތަށް ބުރޫ އަރާނަމަ އެއީ ނުރައްކާތެރި ކަމެކެވެ. އެ ވައުދެއްގެ ސަބަބުން ބައިނަލް އަގުވާމީ ގާނޫނުތައް މުގުރާލެވޭ ނަމަ އެއީ ދެވޭ ގެއްލުމެކެވެ.

ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމަށް އެރީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ބިރުވެރި ވައުދުތަކަކާ އެކުގައެވެ. ބައިނަލް އަގުވަމީ ހަމަތަކުގެ މަތިން އަވައްޓެރި ގައުމަކާ ރާއްޖެ އާއި ދެމެދު ވެވުނު އެއްބަސް ވުމެއްގެ ތެރެއިން ހިނގަމުން އައި ގާތް ގުޅުމަކީ އަޅުވެތި ކުރުމެއް ކަމަށް ސިފަކޮށް އެކަން ނިންމުމުގެ ވައުދު ވެގެންނެވެ. ދުނިޔޭގެ އަސްކަރީ އަދި އިގްތިސާދީ ބޮޑުބާރަކާ ހަނގުރާމަ އިއުލާނު ކުރަމުންނެވެ. ރާއްޖޭގެ އަޝްކަރިއްޔާ އާއި އިންޑިއާ އަޝްކަރިއްޔާ އާއި ދެމެދު ވެވިފައިވާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި ތިބޭ މަދު އިންޑިއާ ސިފައިން ކޮޅަކީ ގައުމު އަޅުވެތިކޮށްގެން ތިބި ބައެއް ކަމަށް ސިފަކޮށް އެމީހުން ބާލަން ވައުދު ވެގެންނެވެ. 

ވެރިކަމަށް އެރުމާއެކު ރާގު ބަދަލުވެ އިންޑިއާ ސިފައިންނަކީ ރާއްޖޭގައި ތިބެންޖެހޭ ބައެއް ކަމަށް ވެއްޖެއެވެ. ނަން ނެގޯޝިބަލް ކަމެކޭ ބުނެ އިންޑިއާ ސިފައިން ބާލަން ވެރިކަމަށް އެރި މީހާއަށް ޖެހުނީ އިންޑިއާ އާއި އެކުގައި ނެގޯޝިއޭޓް ކުރާށެވެ. ގަދަކަން ދައްކާފައި އިންޑިއާ ސިފައިން ބާލަން ހިފާލިނަމަ ގައުމު ވެއްޓޭނީ ހަނގުރާމައިގެ ހާލަތަށް ނޫންކަމެއް ނޭގެއެވެ. އެވަރުގެ ނުރައްކަލަކަށް ގައުމުވައްޓާލީ މުއިއްޒު ވެރިކަން ހޯދުމަށް ރައްޔިތުންނަށް އޮޅުވާލައިގެންނެވެ. 

މުއިއްޒު ވެރިކަން ހޯދުމަށް ވީ އަނެއް ދޮގު ވައުދަކީ ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ވީއްކާލާފައިވާ ކަމަށް ބުނެ ކަނޑުގެ އެބައި ހޯދާ ދިނުމަށް ވީ ދޮގު ވައުދެވެ. ރާއްޖޭގެ ސިޔާސީ ސަރަހައްދާ އިގްތިސާދީ ސަރަހައްދު އޮޅުވާލައިގެން ގަސްތުގައި ފެތުރި ދޮގު ވާހަކަ ތަކެވެ. ޗާގޯސްގެ ރަށްތަކާއި ރާއްޖެއާއި ދެމެދު އޮންނަ ކަނޑުގައި މޮރިޝަސްގެ ހައްގު އޮތް ކަމަށް ބުނެ އިޓްލޮސްގައި ރާއްޖެއާ ދެކޮޅަށް މޮރިޝަހުން ދައުވާ ކުރުމުން ޖަވާބުދާރީވުމަށް ރާއްޖޭން ފުރަތަ ދެކޮޅުހެދުމުން އެމައްސަލަ އިޓްލޮސްގައި ނުބަލާ ހުއްޓާލާފައި އޮތްކަން ރަގަޅަށް މުއިއްޒަށް އެނގޭނެއެވެ.

ދުނިޔޭގެ ކޯޓްގެ އިސްތިޝާރީ ލަފައާއި އެކު އދގެ އާއްމު މަޖިލީހުން ޗާގޯހުގެ ސިޔާދަތީ ބާރު މޮރިޝަހަށް އޮތް ކަމަށް ނިންމުމުން އިޓްލޮސްގައި ހުއްޓިފައި އޮތް މައްސަލަ ބަލަން ނިންމާ އެކަން ރައްޖެއަށް އެންގިއެވެ. އިޓްލޮސްއިން އެންގުމުން ރާއްޖޭން ޖަވާބު ދާރީވެ ވަކާލާތުކޮށްގެން ރާއްޖެއަށް ބޮޑުބައި ހޯދިއެވެ. އެގޮތުން ބައިނަލް އަގުވާމީ ގާނޫނާ އެއްގޮތަށް ރާއްޖޭގެ ދެކުނުގެ އިގްތިޞާދީ ސަރަހައްދު އިޓްލޮސްއިން ހަމަޖެއްސި ހަމަޖެއްސުމަކީ ކަނޑު ވިއްކާލުން ކަމަށް ހަދައިގެން ކަނޑު ހޯދަން ވީ ދޮގު ވައުދަކީ ކަނޑައެޅިގެން ރައްޔިތުންނަށް މުއިއްޒު އޮޅުވާލި އޮޅުވާލުމެކެވެ. 

ވެރިކަން ހޯދުމަށްޓަކާ ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ތާއީދު ހޯދުމަށް ޔާމީނުގެ ފޮޓޯފުޅަކާއި ހުސްގޮނޑިއެއް ބޭނުން ކޮށްގެން މުއިއްޒު ކެންޕޭނު ކުރިއެވެ. ކުރި ކެންޕޭނުގައި އެންމެ ބާރަށް ދެއްކީ ރައީސް ޔާމީނަށް ހަރާން ހުކުމެއް ކޮށްގެން އުޅޭ ވާހަކައެވެ. ވެރިކަން ލިބުމާއެކު ރައީސް ޔާމީނު މިނިވަން ކުރާނެ ކަމުގެ ދޮގު ވައުދެވެ. މިކަމުގައި ވީ ދޮގު ވައުދަށް ވުރެ ނުރައްކާތެރިކަން ބޮޑީ ރާއްޖޭގެ ޖުޑިޝަރީގެ އިތުބާރު ރައްޔިތުންނަށް ގެއްލުވާލި ގެއްލުވާލުމެވެ. ފަނޑިޔާރުންގެ ކަރާމާތް ނަގާލި ނަގާލުމެވެ. ދައުލަތުގެ އިންސާފު ގާއިމުކުރުމުގެ ބާރު އެއީ އެއްވެސް އަގެއް ނެތް ތަނެއް ކަމަށް ހެދި ހެދުމެވެ. 

ކުރަން ކިތަންމެ ބޭނުން ނޫނަސް މުއިއްޒު އަޒުލު ކުރަން ޖެހެނީ މިދެންނެވި ސަބަބުތަކަށް ޓަކައެވެ. ގައުމީ ސަލާމަތަށްޓަކައެވެ. ސަރަހައްދީ ދެބަސްވުމުން ގައުމު މިންޖު ކުރުމަށް ޓަކައެވެ. ދައުލަތުގެ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އިތުބާރާ ހުރުމަތަށްޓަކައެވެ.

މީގެ ފަހުން މީހަކު ރާއްޖޭގެ ވެރިކަމަށް އަންނަން ދުވަހަކުވެސް މިފަދަ ހައްދުފަހަނައެޅި ދޮގުހަދަން ދިވެހިން ގަބޫލު ނުވާނެކަން ގާނޫނީ ހަމަތަކުން ކަނޑައެޅުމަށްޓަކާ މުއިއްޒު އަޒުލް ކުރުން ލާޒިމެވެ. އެފަދަ އޮޅުވާލުމާ ދޮގާ މަކަރުން ވެރިކަމަށް އަރަން ދިވެހިން ފުރްޞަތު ނުދޭނެކަން އެންމެންވެސް ދަންނަން ޖެހެއެވެ.      

]]>
Thu, 28 Dec 2023 17:29:26 +0500 ހީރަސްނިއުސް
މެންބަރުން ދެމި ގުއިރޯނުގައި މުއިއްޒު ބެދުން https://heerasnews.com/2138 https://heerasnews.com/2138 ހީލަތާ މަކަރުން ހޯދި ވެރިކަން ހަލާލުކޮށް އޮބި އަޅައިގެން ވެރިކަން ހިފެހެއްޓުމުގެ މަސައްކަތް ޑރ. މުއިއްޒު ފަށައިފިއެވެ. ސިލްސިލާކޮށް ފަށާފައިވާ މަސައްކަތުގައި މުއިއްޒުގެ ފޯކަސް ހުރީ މައިގަނޑު ތިން ދިމާއަކަށެވެ.

އެއްކަމަކީ ރައީސް ޔާމީނު ސައިޒްކޮށް އެކަހެރިކޮށްފައި ބެހެއްޓުމެވެ. ދެންކުރާ އަނެއް ކަމަކީ ޕީއެންސީއަށް މެންބަރުން އިތުރުކޮށް އަންނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ހޯދުމެވެ. ބުނެވި ދިޔަ ދެކަން ކުރެވެމުން ދިޔަނަމަވެސް މިހާރުން މިހާރަށް އެންމެ ބޮޑު އިސްކަމެއްދެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޒުލުކުރިޔަ ނުދިނުމަށެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހުގައި އަޒުލުކުރެވޭ ވަރުގެ މެޖޯރިޓީއެއް އެމްޑީޕީގައި އޮތުމަކީ މުއިއްޒުގެ އެންމެ ބޮޑުކަން ބޮޑުވުމެވެ. އެކަން ބޮޑުވުން އިތުރަށް ބޮޑުވެގެން ދިޔައީ މަޖީލީހުގެ ގަވައިދަށް ގެނައި ބަދަލަކުން އަޒުލް ކުރުމުގައި އިޖުރާއީ ފަސޭހަ ތަކެއް އިހުނަށްވުރެ ބޮޑުވެގެން ދިޔުމުންނެވެ. ރައީސް ޔާމީނު ސައިޒު ކުރެވޭނީ ވެސް އަދި މަޖިލީހުގެ މެޖޯރިޓީ ހޯދޭނީވެސް ވެރިކަމުން ނުވެއްޓި ހުރެވިގެންނެވެ. 

މަޖީލީހުގެ ގަވައިދަށް ގެނައި ބަދަލުތަކުން އަޒުލް ކުރުމުގައި އިޖުރާއީ ފަސޭހަ ކޮށްލުމުން ދެނަކާ ދެނެއް ނެތެވެ. އައު މަޖިލީސް އިންތިހާބު ކުރެވެން ދެން ރައްޔިތުންގެ މަޖިލިސް ހުއްޓުވެން އޮތީ ކޮންގޮތަކަށްތޯ  މުއިއްޒު ބެލިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން މަޖިލިސް ހުއްޓުވެން އޮތްތޯ ބެލިއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް މަޖިލިސް އުވާލެވެން ނެތުމުން ކުއްލިނުރައްކަލުގެ ހާލަތަކީ މިދަނޑިވަޅަށް އެކަށީގެންވާ ކަމަކަށް ނުވިއެވެ.

އަޒުލުކުރުން ހުއްޓުވުމަށް ކުރެވެން އޮތީ ކޮންކޮން ކައްތައްތަކެއްތޯ ބެލިބެލުމުން މުއިއްޒަށް ފެނުނީ އެކަމުގައި ގާސިމް އިބްރާހީމްގެ އެހީތެރިކަން ހޯދުމަކީ އެކަމުގެ ހައްލަކަށް ވެދާނެ ކަމަށެވެ. އެވިސްނުމުގައި ގާސިމް އިބްރަހީމާ އެކަނި މަސްވަރާ ކުރުމުން މަންޒަރު ހަޑިވެ އެކުގައިތިބި އެެހެން ލީޑަރުންގެ ހިތްކަޅުވެދާނެތީ ސިޔާސީ ޕާޓީތަކުގެ ވެރިންނާ މަޝްވަރާ ކުރުމުގެ ސިލްސިލާއެއް ފެށިއެވެ. ގާސިމް އިބްރާހީމާއި ކާނަލް ނާޒިމާއި ސަންސިޔާމާއި ހަސަން ލަތީފާއެކު ވަކިވަކިން ބައްދަލުވުން ތަކެއް ބޭއްވިއެވެ. ވެރިކަން ދަމަހައްޓާދޭން އާދޭސް ކުރިއެވެ. އެމީހުން އެދުނުހާ ކަމަކަށް އެއްބަސްވިއެވެ. ފަހުން މައުމޫނާއި ވަހީދާ ބައްދަލުކުރީ ވެސް ދެވަނަ ދެކަމެއްގައެއް ނޫނެވެ.

މަޝްވަރާތަކުގެ ހަގީގީ ބޭނުމަކީ ގާސިމް އިބްރާހީމްގެ އެހީތެރިކަމާއެކު މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަ ނުދިނުމެވެ. ބަގާވާތް ކުރުމާ މެންބަރު ގަތުމުގައި ގާސިމަކީ ރާއްޖޭގައި ދެވަނައެއް ނެތް މީހެއްކަން ކުޑަކުއްޖަކަށް ވެސް އެނގޭނެއެވެ. މަވޯޓާ ޝަރީފްމެން ފަދަ ހުސްބުޅީގައި ގަންނަ މެންބަރުން އެންމެ ރަނގަޅަށް އެނގޭނީ ގާސިމަށެވެ. 

އިތުބާރު ނެތްކަމުގެ ގަރާރެއް ފާސް ނުވާވަރަށް ގާސިމް މެދުވެރިކޮށް އެމްޑީޕީ ޕީޖީ ގްރޫޕުން މެންބަރުން ތަކެއް ގަނެލައިގެން އަޒުލް ކުރުން ފޭލިކޮށް ލުމަށް މުއިއްޒު އެދަނީ ފައިސާ ހަރަދު ކުރަމުންނެވެ. އޭގެ ނަތީޖާވެސް މަޖިލީހުން އެދަނީ ފެންނަމުންނެވެ. ޖަލްސާއެއްގެ ކޯރަމް ހަމަވާ ވަރަށް ވެސް މަޖިލީހަށް މެންބަރުން ހާޒިރު ނުވުމަކީ އެކަމުގެ ސާފު ހެއްކެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ މި ނިމޭ ފަސް އަހަރަކީ މަޖިލީހުގެ މެންބަރުނަށް ވޯޓު ވިއްކައިގެން ފައިސާ ނުހޯދުނު ފަސް އަހަރެވެ. އެމްޑީޕީ ސަރުކާރެއް އޮތުމާ އެމްޑީޕީގެ ސްޕަރ މެޖޯ ރިޓީ މަޖިލީހުގައި އޮތުމުން ސަރުކާރުން ފާސްކުރަން ބޭނުންވާ ކަންކަން މަޖިލީހުން ފާސްކުރުމަށް ވިޕްލައިނަށް ތަބަވާން ޖެހުމުން ފައިސާއަށް ޑިމާންޑް ކުރުމުގެ މަގު މުޅިން ހެން އޮތީ ބަންދުވެފައެވެ. އެހެން އެކަން އޮއްވާ ސަރުކާރު ބަދަލުވެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް ވައްދަން އުޅެލުމަކީވެސް މެންބަރުންނަށް ކޯމަހު ކުރި އައިނަކަށް އެރުން ފަދަ ކަމެކެވެ. 

ކުރިމަތީގައި އޮތީ މަޖިލިސް އިންތިހާބެވެ. އިންތިހާބު ކާމިޔާބުކުރަން ބޮޑު ޕާޓީއެއްގެ ޓިކެޓާއެކު މިލިޔަން މިލިޔަން ރުފިޔާ ބޭނުންވާނެއެވެ، މެންބަރުން ދެމި ގުއިރޯނުގައި މުއިއްޒު ރީތިކޮށް ޖެހި އެހުރީ ބަނދެވިފައެވެ. ފުޅަނގީގެ ހާލަށް ވެއްޓީފައެވެ. ނޫނީ ބަޔަކު ބޭނުން ވީމާ މުއިއްޒަށް ޖެހޭނީ ގުނބޯލެއްހެން ނަށާލަ ނަށާލަ ހުންނާށެވެ. އެވަރުން ވެސް ވެރިކަމާ ބަގުޑި ބައްދާށެވެ. 

]]>
Tue, 26 Dec 2023 17:17:24 +0500 ހީރަސްނިއުސް
މުއިއްޒަށް: ޔޫތު އެޑްވައިޒަރުން ލައްވާ 2028 ހޯދަން ނޫޅޭ https://heerasnews.com/2136 https://heerasnews.com/2136 ޑރ. މުއިއްޒު ކުރަން މި އުޅެނީ ކީއްހެއްޔެވެ. ކެބިނެޓްގައި 22 ވަޒީރުން އެބަތިއްބެވެ. މިނިސްޓަރުން ގެ ފެންވަރުގެ 21 މީހުން އެބަތިއްބެވެ. 50 އަށްވުރެ ގިނައިން ސްޓޭޓް މިނިސްޓަރުން އެބަތިއްބެވެ. މިނިސްޓަރުންގެ ނައިބުންގެ އަށްޑިހަ ވަރަކަށް މީހުން މިހާރުވެސް އެތިބީއެވެ. އަދި ކޮބައިހެއްޔެވެ. ސިނިއަރ ޕޮލިސީ ޑިރެކްޓަރުންނާއި ޕޮލިސީ ޑިރެކްޓަރުންގެ ހިސާބެއް ނޭގެއެވެ. މިވަރުގެ ބިޔަ ސަރުކާރަކަށް ރާއްޖޭގެ ތަރައްގީއާއި ދުޅަހެޔޮ ކަމަށް ކުރާނެ ކަންކަން ނޭގި ޒާތްޒާތުގެ ޕްރެޒިޑެންޝަލް އެޑްވައިޒަރީ ބޯޑްތައް ހަދައިގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ. 

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް ހަދައިގެން ދަނޑިދިގު އުނދުޅިހެދިގެން މުއިއްޒު ތިޔަ އުޅެނީ ޔޫތު މިނިސްޓަރާއި އެމިނިސްޓްރީގެ މަސައްކަތަށް އެއްވެސް އިތުބާރެއް ނެތިގެންތާއެވެ. ސްޕޯޓްސް މިނިސްޓަރާއި ފަންނިއްޔާތު މިނިސްޓަރަށް ވެސް އިތުބާރެއް ނެތީމާތާއެވެ. 

15 މެންބަރުންގެ މައްޗަށް އެކުލެވޭ ޔޫތު އެޑްވައިޒަރީ ބޯޑް ރައީސުލްޖުމްހޫރިއްޔާ ޗެއަރ ކުރާނީ ފަތްކޮޅު ދީފައި ތިބި ވަޒީރުންނަށް އެ މީހުންގެ ދާއިރާތައް ރަގަޅަށް ނުހިންގޭނެތީ ނޫން ހެއްޔެވެ. ރައީސްގެ ސިޔާސަތު ތަންފީޒު ކުރުމުގައި ކެބިނެޓް ރަނގަޅަށް ފަންކްޝަން ކުރަންޏާ ޒާތްޒާތުގެ ބޯޑު ހަދައިގެން ވަގުތާ ފައިސާ ބޭކާރެއް ނުކުރާނެއެވެ.

ސަރުކާރު އެހާވަރަށް މަތިބަރުވެ ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ވަރަށް އޮނިގަނޑު ރޫޅާލާ ޖެހުނުހާ މީހަކަށް އަތްގުޅިނުކާވަރުގެ މަގާމްތައް ދެމުން ގެންނަނީ މުއިއްޒަށް ކާކަކީ ކާކުކަން ރަނގަޅަށް ނޭނގޭތީއެވެ. އެހެން ނޫންނަމަ އެއް އާއިލާއަކުން ތިންހަތަރު މީހުނަށް ވަޒީރު ފެންވަރުގެ މަގާމުތައް ދެވޭ އިރު މީހަކު ކިޔަފާނެ އެއްޗަކަށް ބަލައިލީހެވެ. 

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑޭ ކިޔައިގެން ބޯޑެއް އުފައްދާއިރު ދިވެހި ޒުވާނުންގެ މެދުގައި އިސްލާމީ ރޫހު އިތުރު ކުރުމުގެ ކުޑަވެސް ވިސްނުމެއް މުއިއްޒުގެ ނެތްކަންވެސް އެކަމުން ފަޅާ އަރައިފިއެވެ. ޔޫތު އެޑްވައިޒަރީ ބޯޑަށް މެންބަރުން ކަނޑައަޅާ ދާއިރާތަކުގެ ތެރޭގައި އިސްލާމް ދީނުގެ ރޫހު ކުރިއެރުވުމާގުޅޭ ދާއިރާއެއް ފާޖަގަ ކޮށްފައެއް ނެތެވެ.  އެބޯޑަށް މީހުން ނެގުމުގައި އިސްލާމް ދީނަށް އިސްކަމެއް ދީފައިވާތަން ސީދާކޮށް ފެންނާކަށް ނެތެވެ. ފަންނިއްޔާތާއި ފަންނުވެރިކަމާއި ހަށިހެޔޮކަމަށް އިސްކަންދޭހެން އިސްލާމު ދީނަށް ލޯބި ޖެއްސުމުގެ ވާހަކައެއް ނެތެވެ. މިވާހަކަ މިހެން ބުނީމާ އެބޯޑަށް ދީނީ އިލްމުގެ ދާއިރާއިން މީހަކު ލާން ނިންމާފައި އޮތްކަމަށް ބުނާނެކަންވެސް އެނގެއެވެ. 

ރަންކޮޅާ މުއިއްޒެވެ. ރައީސްކަން ކުރަންޏާ ނިކަން ރަނގަޅަށް އެމީހާ މިމީހާ ދަސްކުރާށެވެ. އަނބި މީހާއަޢި އަބްދުއްރަހީމާ ގޯތި ކުދިންކޮޅު ބުނާހާ ގޮތަކަށް ގައުމު ހިންގަން އުޅެގެން ގޮވާނީ އަތަށެވެ. މާލޭ ސިޓީ ކައުންސިލަށް ކޮންސަލްޓެންޓުން ލައިގެން ވެރިކަން ހޯދިހެން ޔޫތު އެޑްވައިޒަރުން ލައިގެން 2028 ހޯދަން ނޫޅޭށެވެ. 2028 ލިބޭނީ ދެހާސް 2023 ފުރިހަމަ ވެގެންނެވެ. މުއިއްޒަށް 2023 ފުރިހަމަ ކުރެވޭތަނެއް ނުފެނެއެވެ.   

]]>
Mon, 25 Dec 2023 15:30:35 +0500 ހީރަސްނިއުސް
ދައުލަތް ދަވާލަން އުޅޭ ބަޔަކު ނޫސްވެރިން ދެކެ ބިރުގަންނާނެ! https://heerasnews.com/2133 https://heerasnews.com/2133 އަޖައިބެކެވެ. އޮބި އަޅުވައިގެން ކަންކަން ކޮންޓްރޯލު ކުރުމަކީ ޑިކްޓޭޓަރ ކަމުގެ އެންމެ މަތީ ހަރުފަތެވެ. ހަވީރާ އާފަތިހުގެ ޒަމާން މާޒީވެ ހިނގައްޖެއެވެ. ނޫސްވެރި ކަމުގެ މިނިވަން ކަމަކީ އަސާސީ ހައްގެކެވެ. ނޫސްވެރިންނަކީ މުއިއްޒާ އަސްވާޑާ ހެއްޔަމްބޯ ހަލީލާއި ޝަހީބުގެ ބުމަރެއް ނޫނެވެ. ނޫސްވެރިކަމަކީ އެ މީހުންގެ އޮރިޔާން ނިވާ ކޮށްދޭން އޮތް އަންނަ ފޮށައެއް ނޫނެވެ. އެމީހުން ބޭނުންވާ ވާހަކައެއް ނޫނީ ނުދެއްކޭ ގޮތަށް ނޫސްވެރިން ހައިޖެކް ކުރަން ނޫޅޭށެވެ. 

މައުމޫނުގެ ދިގު ތިޜިސް އަހަރު ނިމިގެން ދިޔައީ ނޫސްވެރިންގެ ގަލަން ދަށުވެގެންނެވެ. އޭރުވެސް ނޫސްވެރިކަމަކީ ވަކިބަޔަކަށް އެކަނި ކުރެވޭ ކަމަކަށް ހަދައިގެން އުޅޭން އުޅުނެވެ. ސަންދާނާއި ދިވެހި އޮބްޒާވަރާއި އައްޑުވަހުން ބިރެއްނެތި ޖެއްސި ޖެއްސީނުން ހިފެހެއްޓުންތައް މައުމޫނަށް ވެސް ޖެހުނީ ދޫކުރާށެވެ. 

އެކި ނަންނަމުގައި ނޫސް މަޖައްލާތައް އޭރު ނިކުންނަން ފެށީ ތިޔަހެނަކުން ނޫނެވެ. އެ ފޯރީގައި ނިކުތް ހުރިހާ ނޫހެއް މި އަދަކު ވުޖޫދަކު ނެތެވެ. ހިފަހައްޓާލެވުނު މީޑިއާތައް އަދިވެސް ދެމިއެބައޮތެވެ. ނުހިފެހެއްޓުނު މީޑިއާތައް އަމިއްލައަށް ހުއްޓާލީއެވެ. އޭރުއްސުރެ ނޫސްމަޖައްލާ ރިޖިސްޓްރީ ކުރުމަކަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނެތެވެ. އަދި ވަގުތީ ގޮތުންވެސް މީޑިއާތައް ތަޖިސްޓްރީ ކުރުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ސަރުކާރުން އިސްވެ އޮވެ މީޑިއާތައް ހުއްޓާކަށް މިހާ ވަރަކަށް ނޫޅެއެވެ.

ރާއްޖޭގެ އެންމެ ނަންހިގާ ނޫސްވެރިން ކަމަށް ދައުވާކުރާ ބަޔަކު ބަސްކިޔާ ސަރުކާރެއްގެ ފުށުން މި ފެންނަނީ ރައީސް ޔާމީނު ސަރުކާރަށް ވުރެވެސް ރަހުމުކުޑަކޮށް އަމަލު ކުރާތަނެވެ. ރައީސް ޔާމީނު އަދަބު ދައްކާ އުޅުނީ ވެސް އަބުރުގެ ގާނޫނު ހަދައިގެން އޭގެތެރެއިންނެވެ. މި މީހުންގެ ވެރިކަމަށް އަދިމިވީ މަހެކެވެ. ގާނޫނެއް ހަމައެއް ލަމައެއް ނެތެވެ. ރަނގަޅަށް ފެނަށް ދިރެ ލައިފިއްޔާ އަދި ކިހާވަރަކުން ދާނެ ބާވައެވެ.    

ނޫސްވެރިކަމުގައި ނަން ހިނގާ އެތައް ބަޔަކު ބަސްކިޔާ ސަރުކާރަކުން ނޫސްތައް ބޮލޮކް ކުރުމާއި އަލަށް މީޑިއާގެ ވަސީލަތްތައް ރަޖިސްޓްރީ ކުރުން ހުއްޓާލުމަކީ ސަރުކާރަށް ފާޑުކިޔުން ހުއްޓުވޭނެ ކަމެއް ނޫނެވެ. ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ނޫނީ ނޫސްވެރިކަން ނުކުރެވޭނެ ގޮތް ހެދޭނެ ކަމެއްވެސް ނޫނެވެ. 

ރާއްޖޭގައި ނޫސްވެރިކަން ރެގިއުލޭޓް ކުރާ ގާނޫނީ ދެ މުއައްސަސާ އެބައޮތެވެ. ނޫސްވެރިކަމުގެ މިންގަޑުން އެއްވެސް ނޫސްވެރިއަކު ނުވަތަ މީޑިއާއެއް ނައްޓާލައިފި ނަމަ ހަމަޔަކަށް އަޅުވާނީ އެ މުއައްސަސާ ތަކުންނެވެ. އަސްވާޑާއި ހަލީލާއި ޝަހީބެއް ނޫނެވެ. އަދި މުއިއްޒެއް ވެސް ނޫނެވެ. 

މީޑިއާއެއްގެ ކޮންޓެންޓަކީ އެ ބައެއްގެ އެޑިޓޯރިއަލް ޕޮލިސީއާއި އެއްގޮތަށް އޮންނަ އެއްޗެކެވެ. މީޑިއާ ތަކުގެ ކޮންޓެންޓަކީ ސަރުކާރު ބޭނުންވާ ގޮތަށް އޮންނަން ޖެހޭ އެއްޗެއް ނޫނެވެ. ގާނޫނު އަސާސީއާއި ގާނޫނު ތަކާއި ކޯޑް އޮފް އެތިކްސް އެއޮތީއެވެ. މީޑިއާ އަކުން ގާނޫނާ ހިލާފުވިޔަސް އަދި ޝަކުވާއެއް އޮތަސް ރެގިއުލޭޓަރީ މުއައްސަސާތައް މެދުވެރިކޮށްގެން ހައްލު ހޯދޭނެއެވެ.

އެހެނެއް ކަމަކު ވައްކަމާ ދައުލަތް ދަވާލުމުގެ ވިސްނުމުގައި ވެރިކަމަށް އައިސް ތިބި ބަޔަކު ނޫސްވެރިން ދެކެ ބިރުގަންނާނެ ތާއެވެ. އެ ފާޑުގެ ސަރުކާރަކަށް ނޫސްވެރިކަން ހަޖަމެއް ނުކުރެވޭނެއެވެ. ބޭނުން ވާނީ ނޫސްވެރިކަމުގައި ތަޅުއަޅުވާފައި ބޭއްވުމެވެ. އަނގަ ނުހުޅުވޭ ވަރަށް ނޫސްވެރިންގެ އަނގައިގާ ޓޭޕް އަޅުވާފައި ބޭތިއްބުމެވެ.

ވަޒީރަކަށް ވުމުގެ ކުރިންވެސް އަސްވާޑުމެންނަކީ ވަކި ދެތިން މީޑިއާ ނޫން އެހެން ހުރިހާ މީޑިއެއް ނައްތާލުމުގެ ފިކުރު ބޮލުތެރޭގައި އެނބުރި އެނބުރި ހުރި މީހެކެވެ. އަލަށް ފަށާ ކޮންމެ ނޫހަކީ ފޮޅިއެއް ކަމަށް ސިފަކޮށްގެން ޒާހިރު ހުސޭނާއި އައްބާސް އިބުރާހީމްމެން އުޅުނު ފާޑަށް އުޅެން އުޅޭ މީހުންގެ ތެރެއިން އަސްވާޑަކީވެސް އެކެކެވެ. މިކަހަލަ މީހަކަށް މީޑިއާތަކާ ބެހޭ ވަޒީރު ކަންވެސް ލިބުނީމާ މީޑިއާތަކާ ބެހޭ ހިތުން ރޭނިދި ނުނިދޭނެއެވެ. އައު މީޑިއާއެއް ރަޖިސްޓްރީ ކޮށް ނުދިނުމާ ރަޖިސްޓްރީ ކޮށްފައިވާ ގިނަ މީޑިއާތަކެއް އުވާނުލާ ދެފައި ކައިރިނުވާނެކަން އެނގެއެވެ. 

އަސްވާޑަށް ހަނދާން ނެތް ކަމަކީ ތިމާ މީހާ ތިޔަހާ ހިސާބަށް ދެވުނު ގޮތެވެ. އަސްވާޑަށްވުރެ މާމޮޅު މާ ތަޖުރިބާކާރު މާ ދުވަސްވީ ނޫސްވެރިން ރާއްޖޭގައި ތިބިކަމެވެ. ކަމެއް ލިބުނެއް ކަމަކު ތިމާ ނޫސްވެރިކަން ކޮށްއުޅުނު ގޮތް ތިޔަހާ އަވަހަށް ހަދާން ނެތޭކަށް ނުވާނެއެވެ. ދުލެއް ނެތްމީހަކު ދުލެއް ގަނެގެންވެސް ތިޔަވަރު ވީމާ އެއްޗެއް ނުބުނެ ނުހުރެވޭނެއެވެ.   

]]>
Sun, 24 Dec 2023 21:41:10 +0500 ހީރަސްނިއުސް
މެޑިކަލް މާފިއާ ގޭންގަކުން މަޖިލިސް ގަނެދޭ ޑީލަކީ ރަސްމާލެ!؟ https://heerasnews.com/2127 https://heerasnews.com/2127 މާލެ އަތޮޅު ފުށިދިއްގަރު ފަޅަކީ ޑރ. މުއިއްޒަށް ހާދަހާ ކަމުގޮސްގެން އުޅޭފަޅެކެވެ. ރައީސް ޔާމީނުގެ ޕްލޭނިންގ އެންޑް ހައުސް މިނިސްޓަރުގައި ހުރި އިރު ނިއުޒިލޭންޑްގެ ވިޔަފާރި ވެރިއެއްގެ ކުންފުންޏެއް ކަމުގައިވާ ޕްރައިމް ކެޕިޓަލަށް ފުށިދިއްގަރު ފަޅު ވިއްކާލިއެވެ. ނުއަގުގައެވެ. ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށެވެ.

އެފަހަރު ފުށިދިއްގަރު ފަޅު ނުއަގުގައި ވިއްކާލައިގެން ގިނަ އަދެއްގެ ފައިސާ މުއިއްޒުގެ ޖީބަށް ވަނީ ޖަހާލާފައެވެ. މުއިއްޒު އިސްވެހުރެ ދައުލަތަށް ދިން އެބޮޑު ގެއްލުމުން ދައުލަތް ސަލާމަތް ކޮށްދީ ފުށިދިއްގަރު ފަޅަކީ ދިވެހި ދައުލަތުގެ ފުރިހަމަ ކޮންޓްރޯލު އޮތް ތަނަކަށް ހައްދަވާ ދެއްވީ ރައީސް ސޯލިހުއެވެ. އިންތިހާ ދަރަޖައިގެ މިންނަތް މަސައްކަތްޕުޅުންނެވެ. 

ދިވެހި ދައުލަތުގެ ވިކުރާގައި ގަލަން ތުނޑުވެސް ޖައްސާލަން ނުޖެހޭ ގޮތަށް އެތައްސަތޭކަ ހެކްޓަރެއްގެ ބިން ހިއްކަން ފެށީ ފިސާރި ފަލަ ހޮޅިއަކުން ޑޮލަރު އައިސްއައިސް ހުރެގެންނެވެ. އެބޮޑުބިން ހިއްކާދޭ ބަޔަކަށް ފައިސާ ފޯރުކޮށް ދެވޭނީ ހާދަހާވާ ދީލަތި ކަނޑެއް މުއިއްޒާ ދިމާލަށް ފޫވެއްޓިފައި އޮވެގެންނެވެ. 

ދޮގާ މަކަރާ ހީލަތުން ފޮޓޯއަކާއި ހުސް ގޮނޑިއެއް ދައްކައިގެން ދިވެހި ރާއްޖޭގެ ވެރިކަން ހޯދުމަށް ފަހު އަނެއްކާވެސް ޑރ. މުއިއްޒު ފުރަތަމަވެސް ދިމާކުރީ ފުށިދިއްގަރު ފަޅާއެވެ. ވެރިކަމަށް ހުވާވެސް ނުކުރެވެނީސް ސާދާގަރަކު ފޮނުވި ޖެޓެއްގައި އެކުވެރި އަރަބި އިމާރާތަށް ސިއްރު ސިއްރުން ދިޔަ ދިޔުމަކީ ފުށިދިއްގަރު ފަޅުގެ ވަގު ޑީލުގެ ފަހުގެ ފެށުމެވެ. 

ދައުލަތުން ފުށިދިއްގަރު ފަޅު ހިއްކަން ބަޖެޓް ނުލިބުން ވެގެން ދިޔައީ މުއިއްޒަށް މާރަނގަޅު ކަމަކަށެވެ. ގޮތް ދޫނުކޮށް ފުށިދިއްގަރުފަޅު ހިއްކަން ފަށާނީ ގައިމު މޮޅުތަކެއް ވާން އޮތީމާތާއެވެ. ފުށިދިއްގަރު ފަޅު ހިއްކަން ޔޫއޭއިން ހޯދި އެއްވެސް ފައިސާއެއްގައި ޖެހިނުލާ އެކަން ކުރެވޭނެ ގޮތް ވީއެވެ. ހިއްކީމާ ބިން ދޭގޮތަށް ފައިސާ ނުދީ ބަޔަކުލައްވާ އެކަން ކޮށް ނިންމާ ލެވޭ ގޮތްވީއެވެ. ޔޫއޭއީން ގެނައިހާ ފައިސާ މަޖިލިސް މެންބަރުން ހޮވުމަށް ހަރަދުކުރަން ބެހެއްޓުނީއެވެ.

ރައީސް ކަމުން މުއިއްޒު އަޒުލު ކުރިޔަ ނުދިނުމަށްޓަކާ ގަންނަންޖެހޭ މެންބަރުން ގަތުމަށް އޮތް ބެކަޕަކީ ފުށިދިއްގަރުފަޅެވެ. އެކަމަށް ހޮޅިއަޅާފައި އޮތީ ޔޫއޭއީގެ މެޑިކަލް މާފިއާ ގޭންގަކުން ކަމަށްވެއެވެ. މެދުވެރިންނަކީ މުސާރަ ނުނަގާ ސްޕެސަލް އެޑްވައިޒަރަކާއި މެޑިކަލް މާފިއާ އާއި ގުޅުން ބޮޑު ފުޅާދާއިރާއެއްގައި ސިއްހީ ހިދުމަތުގެ ވިޔަފާރީގައި އުޅޭ ދިވެހި ޑޮކްޓަރެއް ކަމަށްވެއެވެ. 

]]>
Fri, 22 Dec 2023 13:09:03 +0500 ހީރަސްނިއުސް
ޝިޔާމަށް: ފަސް އަހަރޭ ރައްޔިތުންގެ ނިންމުމޭ ދެން ނުކިޔާ https://heerasnews.com/2105 https://heerasnews.com/2105 ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ އެ މަޖިލީހުގެ ގަވާއިދުގެ 41 ވަނަ ބާބުގެ މާއްދާތަކަކަށް ބަދަލު ގެންނަން އާންމު ކޮމިޓީ ފާސްކުރުމުން ބަޔަކު މޭ ބޮޑު ވެއްޖެއެވެ. ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ހަށަހަޅުއްވައިގެން އާއްމު ކޮމެޓީން ފާސްކުރި އިސްލާހު ތަކަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރުމާ ގުޅޭ ބާބުގެ މާއްދާ ތަކެކެވެ. ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތައް ގަވައިދު ކަމުގައި ވެގެން ދާނީ މަޖިލީހުން ފާސްކުރުމުންނެވެ. 

އާއްމު ކޮމެޓީން މަޖިލީހުގެ ގަވައިދުގެ 41 ވަނަ މާއްދާއަށް ގެނައުމަށް ފާސްކުރި އިސްލާހު ތަކަކީ އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މައްސަލަ ނުހިންގާ ހުއްޓުވާފައި ބޭއްވިޔަ ނުދިނުމަށް ގެންނަން ފާސްކުރި އިސްލާހު ތަކެކެވެ. އެގޮތުން ކޮމިޓީން ފާސްކުރި އިސްލާހީ ބަދަލުތަކަކީ؛

  • ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
  • ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
  • އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
  • ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ
  • ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
  • އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް

މަޖިލީހުގެ ގަވައިދަށް ބަދަލުތަކެއް ގެންނަން އާއްމު ކޮމެޓީން ނިންމީ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައަށް އަވަހަށް ގޮތެއް ނިންމުމަށް މަރުހަލާތައް ފަސޭހަ ކުރުމުގެ ގޮތުންނެވެ.

އާއްމު ކޮމެޓީން މައްސަލައަށް އަވަހަށް ގޮތެއް ނިންމުމަށް މަރުހަލާތައް ފަސޭހަ ކުރުމަށް ނިންމުމުން ބަޔަކު ފަޔަށް ހިނިއަރައިގެން ތެޅެގެންފިއެވެ. ގަވައިދަކަށް އިސްލާހެއް ގެނަޔަކަސް މޭބޮޑުވެގެން ތެޅެފޮޅެ ގަންނާކަށް އަދި ނުޖެހޭ ނޫން ހެއްޔެވެ. އަމިއްލައަށް މިސްކިތް ހުޅުޖެހިކަމަށް ތިޔަ ހެދެނީ މާ އަވަހަށެވެ. 

ގާނޫނާއި އެއްގޮތަށް ހެޔޮވެރިކަމެއް ކުރާބަޔަކު ތެޅެފޮޅޭ ހިސާބަކަށް އަދި ނުދެއެވެ. ކުޑަކުޑަ ކުއްލިއެއް ޖަހާލިޔަސް ދެންމެ ދެންމެ ވެއްޓިދާނެއޭ ހީވަނީ ތާއެވެ. ނައިފަރު ޝިޔާމްމެނަށް އެކަމަކީ ބޮޑު ކަމަކަށް ވާނެކަން އެނގެއެވެ. މަޖިލީހުގެ ގޮނޑިގެއްލި ވަޒީރުކަން ގެއްލެންޏާ އަސަރު ފަށެއް ކުރާނެއެވެ. ހޭނުބަހައްޓާ ޓްވީޓްވެސް ކުރެވޭނެއެވެ. 

ހަށި ރައްކަލަށް ހެދެން އޮތް ފަންޑިތައެއް ނުހަދައެއް ނުވާނެއެވެ. ސަހުސު އޮޅުވާލައިގެން ހީލަތާ މަކަރުން ވެރިކަމެއް ހޯދައިގެން އުޅެންޏާ ތިބޭނީ މޭ ކަރަކަރައެވެ. ތުރުތުރު އަޅައަޅައެވެ. ގުޑުގުޑު ޖެހިޖެހިއެވެ. ގުޑުގުޑު ނާޅާނީ ފުރިފާ ހުރި އެއްޗެއް ނަމަތާއެވެ. 

ރައްޔިތުން ވެރިކަމެއް ދެނީ ފަސްއަހަރު ދުވަސް ވަންދެން ހަދާނެ އެއްޗެއް ހަދާކަށް ނޫނެވެ. ކުރިން ބުނިހާ އެއްޗެއް ކެންސަލްކޮށްގެން ތިބެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދޭ، ގާނޫނު އަސާސީއާއި ހިލާފޭ، ސްޕްރީމް ކޯޓޭ މިހާރަކު ކިޔާނެ ކަމެއް ނެތެވެ. ހުސް ގޮނޑިއެއް ދައްކައިގެން މީހެއްގެ ފޮޓޯގެ ނިވަލުގައި ހުރެގެން ހެއްދެވިހާ ދޮގު ހަދައިގެން ވެރިކަމަށް އަރާ ކީހާ ޅެން ފަރިއްސަށް ހަދާފާ ފަސް އަހަރޭ ރައްޔިތުންގެ ނިންމުމޭ ދެން ނުކިޔާށެވެ. ވެރިކަމުން އަޒުލު ކުރުމަކީ ގާނޫނު އަސާސީ ނިކަން ރަނގަޅަށް ދަންނަ ކަމެކެވެ. 

]]>
Fri, 15 Dec 2023 18:19:12 +0500 ހީރަސްނިއުސް
ބޯގިނަ މަތިބިޔަ ކިލޯހަމަ ނުވާ ސަރުކާރު https://heerasnews.com/2102 https://heerasnews.com/2102 ކަފަބަސްތާ އެއްގައި ހާދަހާ ކަފައެއް އޮވެއެވެ. ކަފަ އަޅަން ހާދަހާ ޖާގައެއް ނަގައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ކިތަންމެ ބައިވަރު ކަފައެއް ހުއްޓަސް ގޯނި ކިތަންމެ ބޮޑަސް ކިލޯ ހަމައެއް ނުވެއެވެ. ކިތަންމެ ކަފައެއް އެޅިޔަސް މާ ބަރެއް ނުވާނެތާއެވެ. އަޅާހާ ކަފަޔަކުން ކިލޯ ހަމަ ވަނީއެއް ނޫނެވެ.

ރައީސް މުއިއްޒު ސަރުކާރަށް ވެގެން އުޅެނީ ވެސް އެހެންނެވެ. ފެންނަ ފެނުމަށް މަތި ކިތަންމެ ބޮޑޭ ހީވިޔަސް މަތި ބަރެއް ނުވާނެތާއެވެ. މުޅި ސަރުކާރުގައި އޮތީ ހުސް ހޮޔެވެ. އެތެރޭގައި އެއްޗެއް ނެތެވެ. އެތެރޭގައި އެއްޗެއްނެތް ހޮޅި ސަރުކާރުގައި ކިލޯ ހަމައެއް ނުވާނެތާއެވެ. ކިލޯ ހަމަވާނީ ލައްކަ އެއްޗެތި އަޅައިގެންނެވެ.

ކިތަންމެ ބޮޑަށް ފުއްޕާފައި އޮތަސް ފުއްޕާ ހަމެއްގައި ބުރަދަނެއް ނުހުންނާނެއެވެ. ފެންނަ ފެނުމަށް މުއިއްޒު ސަރުކާރު ކިތަންމެހާވެސް ބޮޑެވެ. ބިޔައެވެ. އެކަމަކު ކިލޯ ހަމައެއް ނުވެއެވެ. ކިލޯ ހަމަވާކަށް ވެސްނެތެވެ. ކިލޯ ހަމަކުރަން އެތަން މިތަނުން މީހުންގެނެސް ސަރުކާރު ބޮޑު ކުރަނީ ކިލޯ ހަމަ ނުވެގެންނެވެ. ބުރަދަނެއް ނެތިގެންނެވެ. 

އާނއެކެވެ. މުއިއްޒު ސަރުކާރަކީ ފުުއްޕާފާ ވައިގެ ތެރެއަށް އެއްލާފައި އޮތް ބޮޑު ފުއްޕާ ހަމެކެވެ. ފަޅައިގެން ދިޔުމަށް ވާލަހަކީ ކުޑަކުޑަ ކައްޓެއްވެސް ޖެހެލަންވާ ލަހެކެވެ. ކިތަންމެ ބަޔަކު ސަރުކާރަށް ވައްދާ ފުރާލިޔަސް ވާނެ މޮޅެއް ނެތެވެ. މަޖިލިސް އިންތިހާބު ކާމިޔާބު ކުރާނަމޭ ހިތާ އަތްގުޅި ނުކާވަރު މުސާރަ ލިބޭ ގޮތަށް ބޮޑެތި ނަންނަމުގައި ބަޔަކު ލިޔަސް ވާނެ އެއްކަމެއް ނެތެވެ. ޖެހޭނީ މީހަކަށްފަހު މީހަކަށް ވަޒީފާ ދޭށެވެ.

ވަރުވަރުން މީހުންގެނަސް އަޅާ ފުރިޔަސް ކުރާނީ ކީއްހެއްޔެވެ. ސަރުކާރު ވެއްޓި ފަޅައިގެން ނުގޮސް ބޭއްވުމުގެ ބާރެއް މުއިއްޒު އަތަކު ނެތެވެ.

އަރުވާފައި އޮތް ރާރާ ގުޑިއެއްގެ ފުޅިތޮށި ޖެހި ރޮއްޖެއް ޖެހެލިޔަސް ފުއްޕާހަން ފަޅައިގެން ދާނެއެވެ. ފުޅިތޮށި ޖަހައިގެން ގުޑިތަކެއް އަރުވަން ތައްޔާރު ވަމުން ދާކަން ފަހަރުގައި ނޭނގި އޮވެދާނެއެވެ. ވައި ފަހި ދުވަހެއްގައި އަރުވާ ގުޑިތަކުން ތޯޅުވާލައިގެން މުއިއްޒުގެ ހަން ފަޅައިގެން ދާތަން ފެންނާކަށް މާގިނަ ދުވަހެއް ނެތެވެ. 

ކިލޯ ހަމަ ކޮށްކޮށް ހުއްޓާ ސައިބޯނި ބޮކި ފަޅާލާނީ ތުމުން ފުމެލާ އެންމެ ފުމެލުމަކުންނެވެ. އޭރުން އަރުވާހާ ފޮނު ދާނީ ހަވަޔަށް އަރައިގެނެވެ. 

]]>
Thu, 14 Dec 2023 17:35:12 +0500 ހީރަސްނިއުސް
ދިވެހިންގެރާއްޖޭގައި ވަޒީރުން އިންޕޯޓްކުރެވޭނެ https://heerasnews.com/2053 https://heerasnews.com/2053 ރާއްޖެއަކީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ އެއްޗެއްހެން ބޭރުން އިންޕޯޓްކުރާ ގައުމެކެވެ. ކާޑާއި ތެލާއި ބޭހާއި އުނުއަންނައުނާއި ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ދާންދެން ކުރަނީ އިންޕޯޓެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނީޝަނުން ވެސް އިންޕޯޓް ކުރެވެއެވެ. ޓީޗަރުންނާއި އޮޑިޓަރުންނާއި އެކައުންޓެންޓުން ވެސް އިންޕޯޓް ކުރެވޭލެއް މަދެއްނޫނެވެ. ބޭންކްތަކާއި ބައެއް ބޮޑެތި ކުންފުނި ތަކަށް ސީއީއޯއިން އިންޕޯޓް ކުރުމަކީ ވެސް ކޮށްއުޅޭ ކަމެކެވެ. 

އެހެން ވީއިރު ވަޒީރުން ވެސް އިންޕޯޓް ނުކުރާންވީ ވަކި ކީއްވެގެން ހެއްޔެވެ. ދިވެހިންގެރާއްޖެ ތަފާތު ވަނީ އެހެން ވެގެންނެވެ. ދިވެހީންގެ ރާއްޖޭގެ ރައީސް ވިދާޅުވެފައި އޮތީ އެމަނިކުފާނުގެ ސަރުކާރުގެ މަގާމްތަކަށް އިސްކުރައްވާނީ އިލްމީ ގާބިލު ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ. މަގާމަށް ގާބިލު މީހުން ރާއްޖޭން ލިބެން ނެތިއްޔާ ޖެހިވަޑައި ގަންނަވާނީ ވަޒީރުންނެއް ކަމަކު އިންޕޯޓް ކުރައްވަންތާއެވެ. އެ މީހުންގެ އަތުގައި ހަތަރު ގައުމުގެ ޕާސްޕޯޓް އޮތަސް ވާނީ ކީއްހެއްޔެވެ. 

ދިވެހި ރާއްޖެއަކީ އުޅެން ކަމުނުދާ ތަނަކަށް ވެގެން ރާއްޖެ ދޫކޮށް ބޭރުގައުމެއްގައި ވަޒަންވެރި ވެގެން އުޅޭ ބައެއް މީހުނަށް ރާއްޖޭގައި އުޅެލަން ކިރިޔާވެސް ކަމުދަނީ ވަޒީރުކަމަކާއި ދިދައަކާއި ކާރުކޮޅެއް ލިބިގެންނެވެ. އެހެންނޫނީ އެމީހުންގެ ނަމުގެ ކުރިއަށް އޮންނަ ޑރ އަށް ވެސް ހުތުރު ނޫންހެއްޔެވެ. ޑރ. އަލީ ހައިދަރާއި ޑރ. މަރިޔަމް މާރިޔާ ދެ ގައުމުގެ ޕާސްޕޯޓް ގެންގުޅޭތީ ކަންބޮޑުވަނީ ރަނގަޅަށް ނުވިސްނޭތީއެވެ. 

ވަޒީރުންނަކީ ދިވެހި ރައްޔިތަކަށް ވުމާއި އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުމުގެ ވާހަކަ އޮންނަނީ ދިވެހިރާއްޖޭގެ ގާނޫނުގައި ނޫންހެއްޔެވެ. ދިވެހީންގެރާއްޖޭގައި ވަޒީރުކަން ކުރާމީހަކަށް އެ މައްސަލައެއް ނުއޮންނާނެއެވެ. އެބޭފުޅުން ވަޒިރުކަން ކުރައްވަނީ ޑރ. މުއިއްޒުގެ ދިވެހިންގެރާއްޖޭގައެވެ. އެހެންކަމުން ދިވެހިންގެ ރާއްޖޭގައި ވަޒީރުން އިންޕޯޓް ނުކުރާންވީ ވަކީން ކީއްވެގެން ހެއްޔެވެ.

ދިވެހިންގެރާއްޖޭގައި އިންފްރާންސްޓްރަކްޗަރ މިނިސްޓަރުކަމަށް އެމެރިކާގެ ރިޑް ކޮމްޕެނީގެ ސީއީއޯ އަދި ކޯ-ފައުންޑަރ ފިލް ރީޑް ނުގެންނާނެ ކަމެއްނެތެވެ. ޓެކްނޮލޮޖީ މިނިސްޓަރުކަމަށް ޑެލް ކޮމްޕެނީގެ ވެރިޔާ މައިކަލް ޑެލް ނުގެނަހެއް ކަމަކު ނުދާނެއެވެ. މާލީ ވަޒީރަކަށް ގެންނަންވާނީ ދަށްވެގެން ޖިމް ބްލޭންކަންޝިޕް ވަރުގެ މާލީ ތަޖުރިބާ ކާރެކެވެ. އެޓާރނީ ޖެނެރަލްކަމަށް ފުދޭނީ މަޝްހޫރު މައިކް ޔަންގް ވަރުގެ ގާނޫނީ މާހިރެކެވެ. ހަޔަރ އެޑިއުކޭޝަނަށް ކިރިޔާވެސް ކަމުދާނީ ކެނެޑާގެ މައިކަލް ފުލަން ވަރުގެ އިލްމުވެރިއެކެވެ. މިއޮތީވާ ދިވެހީންގެރާއްޖެއެކެވެ.

]]>
Tue, 28 Nov 2023 16:18:59 +0500 ހީރަސްނިއުސް
ލަހެއްނުވެ ރައީސް ޔާމީނު ޖަލަށް https://heerasnews.com/2051 https://heerasnews.com/2051 ޝަރީޢަތަށް ނުފޫޒު ފޯރުވައިގެން ރައީސް ޔާމީން ހުންނެވީ ހަރާން ޖަލު ހުކުމެއްގައޭ ކިޔައިގެން ދެއްކި ވާހަކަ އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. 

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ވުމުން އެނގުނު އެއްޗަކީ ރައީސް ޞޯލިޙްގެ ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒު ނުފޯރުވާ ކަމެވެ.  

ރައީސް ޔާމީން މިނިވަން ވުމުން ނޭފަތުން އަރިދަފުސް ބާލަމުން ބައްދަ ބައްދާފައި ހޭރުނު ބޮޑެތި ފިރިހެނުން އެދުވަހު އެއުޅުނީ ރައީސް ޔާމީން މިނިވަން ވުމުގެ ހިތާމައިގައި ކަން މިއަދު ވަރަށް ސާފުކޮށް އެބަ ފެނެއެވެ. ރައީސް ޔާމީން މިނިވަން ކަމުގައި ހުންނެވުމުން އުނދަގޫވެ އޭގެ ގެއްލުން ލިބުނު މީހުން މިހާރު އޮޅިފައެއް ނެތެވެ.

ކޯޓް ތަކަށް ނުފޫޒު ފޯރުވައިގެން ހަރާން ހުކުމް އިއްވިއްޔާ އިއްވި މީހުން އެތިބީ ރާއްޖޭގެ ވެރިކަމާ ރައީސް ޔާމީންގެ ސިޔާސީ ޕާޓީ ވެސް އެމަނިކުފާނު އަތްޕުޅުން ފިރުކައިގަނެގެންނެވެ.

ވެރިކަން ލިބުނުތާ އަދި ފައިން ވެލި ނުހިކެއެވެ. މިހާރު ކަރެކްޝަނުން އެދައްކަނީ ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދާނެ ކަމުގެ ބިރެވެ.

ފަހުވަގުތު ރައީސް ޔާމީން ގެއަށް ބަދަލު ކޮށް އަދި އޭގެ ފަހުން މާލެ ތެރޭގައިވެސް އުޅުއްވޭނެ ވަރުގެ ލުއި ރައީސް ޔާމީނަށް ދެއްވީ، ރައީސް ޔާމީނުގެ އަރިހުގައި ތިބެ އެމަނިކުފާނަށް ދެރަދޭން ރާވާފައިވާ ބަޔަކު ތިބިކަން ރައީސް ޞޯލިހަށް އެނގިވަޑައިގަތުމުންނެވެ. އެހެން ނޫން ނަމަ މިއަދު ރައީސް ޔާމީންގެ ހާލު ކޮޅަކީ ކޮބައިތޯއެވެ؟

މިހާ ކުރީކޮޅު އެއްވެސް ޖެހިލުމެއް ނެތި މިގޮތަށް އަމަލު ކުރާ ބަޔަކަށް ދެންހޮވޭ ރައްޔިތުން މަޖިލިސް ގޮނޑިތަށް ދީފި ނަމަ ގައުމަށް ހަދާލާނެ ގޮތް ހިތަށް އަރުވާލިޔަސް ފިތް ކަނޑައިގެން ދެއެވެ. 

އެކަމަކު ވެސް ހައިރާނެއް ނުވެއެވެ. ހެޔޮނުބައި ވަކިނުވެ، ހެޔޮކަން ކަމަށް ޝުކުރުވެރި ނުވެ، އަބަދު ހަމަ ނުޖެހުމާ ބަދަލު ހިފުމާ ނުބަޔަށް ލޯބިކުރާ ބައެއްގެ މައްޗަށް ވެރިކުރައްވާނީ ވެސް ނުބައިމީހުންނޭ ބުނެއުޅެއެވެ.

ގިނަ ރައްޔިތުން ކާން ބޭނުންވި ރާކަނި މަސް އެދަނީ ފިހެވި ފައްކާ ވަމުންނެވެ. އަމިއްލަ އަތުން ހޯދައިގަތް ނުބައެއް ރަހަ ދެކޭންވާނީ ވެސް ޚުދު އެބައެކެވެ.

]]>
Mon, 27 Nov 2023 17:16:40 +0500 ހީރަސްނިއުސް
މަގާމާ ބާރު ހޯދަން އިސްމުފުޅު ވިއްކާ ދިވެހީން. https://heerasnews.com/2044 https://heerasnews.com/2044 ޕީޕީއެމް - ޕީއެންސީ މީހުން ވެރިކަމުގެ ދަހިވެތި ކަމުގައި އައްލާހު ސުބްހާނަހޫ ވަތައާލާގެ އިސްމުފުޅުތައް ބޭނުންކުރާ ގޮތް ފެނި ބިރުގަނެއެވެ. މިކަމުގައި އެމީހުންތެރޭ ދީނީ ޢިލްމުވެރިން ކަމުގައި ނަންވެގެން އުޅޭ ބައެއް މީހުންނެކޭ، އޭގެ ތެރޭގައި ހުރި އެންމެ ރޯނާ ގަބިޔާ މީހެކޭ ތަފާތެއް ނުފެނެއެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކުރި ހުކުމް އައި ދުވަހު، އުފަލުންކަން ދައްކަން ބައްދަ ބައްދާފައި ރޮއެ ހޭރުނީ މުޅި ތަން އަޑުބައްދާފައި އައްލާހު އަކްބަރު ގޮވަމުންނެވެ. އޭގެ އެންމެ ކުރީގައި ހުންނެވީ މެދުއިރުމަތީގެ އޯނަރު ކަމަށް ރައީސް މުއިއްޒަށް ދަޅަދައްކައިގެން ވަޒީރުކަން ހޯދާ ވެރިކަމުގެ އެދުން ރައީސް މުއިއްޒު ފަދައިން އަޑީގައި ފޮރުވައިގެން އުޅުއްވާ އިލްމުވެރިޔާ ޑރ. ޝަހީމެވެ.

ވަޒީރު ކަމުގެ ހުވާ ކުރެއްވި ފަހުން މީޑިއާގައި ޝަހީމް ހެއްދެވި ސުރުހީތައް ބަލާލިޔަސް ހީވާނީ ރައީސް މުއިއްޒަށްވުރެ ރައީސްކަން ބޮޑީ ޑރ. ޝަހީމް ހެންނެވެ. އެއީ މުއިއްޒަށްވުރެ ޝަހީމް ވެރިކަމަށް މާ ގާބިލްކަން ދައްކަން ގަސްތުގައި ކުރާކަންކަމޭ ހީވެއެވެ.

ކޮންމެ އަކަސް މިބައިމީހުން، ދެނޭވާ ދޭތެރޭން އިންޝާއައްލާހު ،  މާޝާއައްލާހު އޭ ބުނަނީ ހިތުގެ އަޑިންނޭ ރައްޔިތުންނަށް ހީކުރުވައެވެ. ޝޯޝަލް މީޑިއާ ޕްރޮފައިލް ތަކުގައި ޝަހާދަތުގެ ދެކަލިމަ އާއި ކައުބާގެ ފޮޓޯލައިގެން ޕޯސްޓްތައް ލިޔެއެވެ. ދުވަހަކު ނަމާދެއް ނުކުރިޔަސް ރޯދައެއް ނުހިފިޔަސް ސޯޝަލް މީޑިއާގައި ކޮށްލާފައި ހުންނަ ދީނީ ޕޯސްޓްތަކުން ބައެއް މީހުންގެ ދީންވެރިކަމާ ތަވާލުއުވެރިކަމުން ފިއްކަޑައިގެން ދާވަރު ވޭނޫން ހެއްޔެވެ.

އައްލާހު އަކްބަރު ގޮވާފައި ރުއި މީހުން ރައީސް ޔާމީނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް އައިގޮތަށް ރައީސް ޔާމީނަށް ދިން ދެރައާއެކު ، ހަމަ އެމީހުން އެކަމަށް ތާއީދުކޮށް ދައްކާ ވާހަކައާއި ކުރާ ޕޯސްޓްތަކުގައި މިހާރު އެއްޗެއް ބުނަނީ ވެސް ހަމަ އަލްޙަމްދުލިއްލާހި ،  އިންޝާ އައްލާހު ، މާޝާ އައްލާހު އަދި  އައްލާހު އަކްބަރު ކިޔަމުންނެވެ.

އިއްޔެ ދެއްކި ވާހަކައާ ދިމާ އިދިކޮޅަށް މިއަދު ކަން ކުރަނީ ހަމަ އެ މަތިވެރި އިސްމުފުޅުތައް ބޭނުން ކޮށްގެން ދީނާ ގައުމަށްޓަކާ ކަމުގައިހެދިގެން ތިބެއެވެ. ބިރެއް ޖެހިލުމެއް ނެތެވެ. މިމީހުން މިކަން ކުރަނީ ތެދުވެރިކަމާ ހެޔޮ ނިޔަތުގައި ކަމަށް ރައްޔިތުންގެ ބަޔަކަށް ހީވެގެން ވޯޓު ހޯދައިގެން ވެރިކަން ހޯދުމަކީ އަބަދުވެސް ހަދާ ހީލަތެވެ. 

ރައްޔިތުންނަށް އޮޅުވާލެވި ދާނެއެވެ. އެކަމު ތިމާމެން މިކަން މިކުރަނީ ތެދުވެރި ކަމާއެކު ނޫންކަން އައްލާހު ސުބްނަހޫ ވަތަޢާލާ ދެނެވޮޑިގަންނަވާނެކަން އެނގޭ ހާލު ބިރު ނުގަނެ ތިބެ އަމިއްލަ އެދުމުގައި އެވިއްކަނީ އެކަލާނގެ މަތިވެރި އިސްމުފުޅު ތަކެވެ.

ރައީސް ޔާމީން މިނިވަން ކުރަން  އައްލާހު އަކްބަރެވެ. އަނެއް ދުވަހު އެމަނިކުފާނު ނިކަމެތި ކުރަން ވީމާ ވެސް ހަމަ އެ ދޫތަކުން ދީނާ ގައުމަށްޓަކާ، އައްލާހު އަކްބަރު ،  އިންޝާއައްލާހު ، މާޝާއައްލާހު ގޮވަމުން އެތިބަ ދުވަނީއެވެ.

ތިމާމެން ރުހޭ މެޑަމް ބަނޑު ޖަނގިޔާ ތުރުކުރައްވާ ގަޔަށްބާރު ހެދުން ގަދަކަމުން އަރުވައިގެން ނޭވާ ނުލާ ހުރެ ފިރިހެނުންނާ ސަލާން ކުރަމުން މަސްކާރާ ހޭކި ހޭކިންނުން ދެލޯ ކަރާވަރުން ލޯހުޅުވަން އުނދަގޫ ވެފައި ހުއްޓަސް އޯކޭއެވެ.

މަގާމާއި ވަޒީފާއާއި އިއްޒަތާއި ޖާހު ހޯދަން ދޮގާ މަކަރާ ފިތުނަ ހެދުމަކީ އިންސާނުން ކޮށްފާނެ ކަމެކެވެ. ބިރުގަންނަނީ އެހުރިހާ ނުބަައި ކަމެއް އެނގި ތިބެ އެކަން ކުރުމަށް ބިރެއްނެތި އެކި ގޮތްގޮތަށް ހައްދަވާ ގެންގުޅުއްވާ މަތިވެރިވެ ވޮޑިގެންވާ އިލާހުގެ އިސްމުފުޅާ އެކަލާނގެ ދީން ބޭނުން ކުރާތީއެވެ.

މި މީހުންގެ މިސާލަކީ ފަރުމަސް ކާހިތްވާ ދުވަހު އެ މަސް ކާން ފަށަމުން ބިސްމި ކިޔާ ގޮތަށް، އޫރުމަސް ކާހިތްވާ ދުވަހު އޭތިކާން ފަށަމުން ވެސް ބިސްމި ކިއުމެވެ. ހުންނަ ނުބައިކަން ދެކިބަލާށެވެ. މިހާ އަވަހަށް މިބައިމީހުން ބައިބައި ކުރައްވާ ބޭޒާރު ކުރެއްވުމަކީ ވެސް ވިސްނައިފި ބަޔަކަށް ކުޑަކަމެއް ނޫނެވެ.

]]>
Sun, 26 Nov 2023 12:44:51 +0500 ހީރަސްނިއުސް
ޕީޕީއެމް&ޕީއެންސީ އިން ޕީޕީއެމް&ޕީއެންސީ ވަކިވުން https://heerasnews.com/2041 https://heerasnews.com/2041 "ޕީޕީއެމް އަކީ ވެސް ރައީސް ޔާމީން. ޕީއެންސީ އަކީވެސް ރައީސް ޔާމީން. ދެން ކިހިނެއްތޯ މައްސަލަ ޖެހޭނީ." މިއްޔަކީ މަށަކު ބުނިވާހަކައެއް ނޫނެވެ. އެވާހަކައެއް އެހެން ބުނީ ރައީސް މުއިއްޒުގެ އިސް މުޝީރު އަދުރޭއެވެ. ދިވެހިންގެ ރާއްޖެ ހޯދަން އަދުރޭމެން ނިކުތީ ރައީސް ޔާމީނާއެކުގައެވެ. ރައީސް ޔާމީނުގެ ފަރާތުންނެވެ. ރައީސް ޔާމީނަށްޓަކައެވެ. ރައްޔިތުން އެދިގެން، ރައްޔިތުންގެ ފުށުން، ރައްޔިތުންނަށްޓަކައެއް ނޫނެވެ.

"ރައީސް ޔާމީން ޖަލުގައި އޮންނަ ވަނިކޮށް އެއްވެސް ބޭފުޅަކު އަރާމުގައި ނިދަން ނުތިއްބަވާށޭ." ކިޔައިގެން ކަރުން ނާރުނަގާ ވާހަކަ ދެއްކީވެސް އަދުރޭ ނޫންހެއްޔެވެ. ނިމި ދިޔަ ރިޔާސީ އިންތިހާބަކީ ޤައުމު ސަލާމަތް ކުރަން ލިބޭނެ އެންމެ ފަހު ފުރުޞަތުކަމަށް ވެގެން ހިފި ނުހުރެވިގެން އުޅުނީ އަދުރޭމެންނެވެ. ގައުމަކީ ރައީސް ޔާމީނުކަމަށް ހަދައިގެން ގައުމު މިނިވަން ނުވެގެން އުޅުނީ ވެސް އަދުރޭ މެންނެވެ. 

ވެރިކަން ބަދަލުކުރަން ވޯޓުދިން މީހުން ވޯޓުދިނީ ރައީސް ޔާމީނު މިނިވަން ކުރުމަށެވެ. ދިން ވޯޓުން ވެރިކަން ބަދަލު ވެއްޖެއެވެ. ބާރުތައް އަދުރޭމެންގެ އަންބޮނޑިއަށް ކަހާލެވިއްޖެއެވެ. އެކަމަކު ރައީސް ޔާމީނު މިނިވަނެއް ނުކުރެވުނެވެ. މިހާތަނަށްވެސް ރައީސް ޔާމީނުގެ އަދަބަށް ލިބިފައިވަނީ ރައީސް ސޯލިހު ދިން ލުޔެކެވެ.

ޕީޕީއެމް - ޕީއެންސީ ރައީސް ޔާމީނަށްވީ އަދުރޭމެނަށް ވެރިކަން ލިބެންދެނެވެ. ޕީޕީއެމް - ޕީއެންސީ އަކީ މިއަދަކު ރައީސް ޔާމީނަކަށް ނުވިއެވެ. ވެރިކަން ލިބުމުން ދުވަހަކު ލޯނުދެކޭ ހިހޫތަނުން ކައިގެން އުޅޭ ބަޔަކު ޕީޕީއެމް- ޕީއެންސީ ހިސޯރުކޮށް ސަރުކާރުގައި ދަނޑިމަތި އަނބުރަން ފަށަތްޕެވެ. ޕީޕީއެމް- ޕީއެންސީ އަށްޓަކާ ޖާނާމާލުން ގުރުބާންވި ގިނަ މީހުން ތިބީ މަގުމަތީގައެވެ. 

މުޅި ޕީޕީއެމް - ޕީއެންސީ އޮތީ ރައީސް މުއިއްޒާ އެކީގައި ކަމަށް ދައްކަން އުޅުނަސް ހަގީގަތަކީ އެއީއެއް ނޫނެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑިތަކެއް ކާމިޔާބު ކުރުމަށްޓަކާ ޕާޓީ ނުރޫޅޭ ކަމަށް ހަދަން އުޅުނަކަސް ވަޒީފާއާއި މަޖިލީހުގެ ގޮނޑީގެ ހުވަފެން ނުދެކޭ ޕީޕީއެމް އެންމެންހެން ތިބީ އެމީހުންގެ ލީޑަރުގެ ފަހަތުގައެވެ. އަނިޔާ ތަހައްމަލު ކުރަމުންދާ ރައީސް ޔާމީނު އެހާލަށް ދޫކުރާކަށް ގިނަ އިހުލާސްތެރިން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. 

ޕީޕީއެމް - ޕީއެންސީ މެންބަރުންގެ ތާއީދު ރައީސް މުއިއްޒު ސަރުކާރަށް ހޯދާ ހިފެހެއްޓުމަށް އަދުރޭމެން މިހާރު ދައްކަން މިފެށީ މާތާހިރު ވާހަކައެކެވެ. ތިމަންމެނެއް ރައީސް ޔާމީނު ދުކޮށެއް ނުލަމެވެ. ރައީސް ޔާމީނު ތިމަންނާމެން ދޫކޮށްލީއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ވެރިކަން ހޯދަން ރައީސް ޔާމީނުގެ ފޮޓޯފުޅުގައި މުއިއްޒުގެ ނަން ޖަހައިގެން މުޅި ރާއްޖޭގައި ދުވީ ރައީސް ޔާމީނެއް ނޫނެވެ. ވެރިކަން ލިބޭ ފުރަތަމަ ދުވަހު ރައީސް ޔާމީނު މިނިވަން ކުރުމުގެ ވައުދުވީ ރައީސް ޔާމީނެއް ނޫނެވެ. ޕީޕީއެމް- ޕީއެންސީ އަކީ ރައީސް ޔާމީނޭ ގޮވަމުން ރައްޔިތުންގެ ތެރޭގައި ބުމަރެއްހެން އެނބުރުނީ ރައީސް ޔާމީނެއް ނޫނެވެ. ވެރިކަން ހޯދަން އުޅުނު އިރު ރައީސް ޔާމީނައިގެން ލޮލުފިޔަ ނުޖެހިގެން އުޅުނުވަރަށް ވެރިކަން ލިބުމުން ރައީސް ޔާމީނަކީ ނެތް މީހަކަށް ހެދީ ރައީސް ޔާމީނެއް ނޫނެވެ. 

މުހިންމީ ޕާޓީ ދޫކޮށްލީ ކާކުތޯ ބެލުމެއް ނޫނެވެ. މުހިންމު ކަމަކީ ވެރިކަމަށް ހަތްދުވަސް ނުވަނީސް ޕީޕީއެމް-ޕީއެންސީ އިން ޕީޕީއެމް-ޕީއެންސީ ވަކިވުމެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖީލީހުގެ އިންތިހާބު ސަރުކާރަށް ގެއްލުމެވެ. މޫނުބަލާފާ ހޭންނޭނގޭހާ ޅަކޮށް ވެރިކަން އޮއްވާ އިދިކޮޅު ހަރަކާތް ކެކިއަރަންފެށުމެވެ. ސަރުކާރު ރަނގަޅަށް ތަރުތީބުކޮށް ކުރިއަށް އެންމެ ބޯޅައެއް ކުޅެނުލެވެނީސް މުޅި ސަރުކާރު ދިފާއަށް ފައިބަން ޖެހުމެވެ. 

]]>
Sat, 25 Nov 2023 10:36:15 +0500 ހީރަސްނިއުސް
މުއިއްޒު ސަރުކާރުގައި އިންޑިއާ ގަދަކުރާ ގޮތް. https://heerasnews.com/2040 https://heerasnews.com/2040 ކުޅިހިނގާ މަގާ ދުނިޔޭގެ އާޖު ފާޖާ ބައިނަލްއަގްވާމީ ޖިއޯ ޕޮލިޓިކްސް ހިނގާ ގޮތް ނޭނގި ވެރިކަމުގެ ދަހިވެތި ކަމުގައި ކާޅު ބައެއްހެން ނުކުމެ އިންޑިއާ އައުޓޭ ގޮވުމަކުން ވާނެ ބަދަލެއް ހޯދޭނެ މޮޅެއް މި ޒަމާނަކު ނޯންނާނެއެވެ.

އދ މަޖިލިހޭ ކިޔާ ތަނުގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މަންދޫބުންގެ ގޮތުގައި ކޯޓުފަޓްލޫނާ ޓައީގައި އެތިބީ ވެސް އެމީހުން ހިތުހުރި ގޮތަކަށް ދުނިޔެ ހިންގާ މީހުންކަން ދަންނަން ޖެހެއެވެ.  

އިންސާނީ ހައްގާ ޑިމޮކްރަސީ ނެތިގެން ނިކަމެތި ކުދި ގައުމު ތަކަށް ފިޔަވަޅު އަޅާ ބަނޑަށް ޖައްސާ އިރު، އިޒްރޭލުން ފަލަސްތީނުގެ ނިކަމެތިން ރޮލާކައި އަންހެނުންނާ ކުޑަ ކުދިންނާ ދުވަސްވީ މީހުންގެ ފުރާނަ ނޮޅާ ވީދަމުން ދާއިރު އެތިބެނީ ނާރިނގު ސަރުބަތު ހިއްޕަވަމުން ތުއި ގޮތްގޮތަށް އަނގަކަމުން މަޖިލިސް ކުރާށެވެ. 

ސައޫދީގެ ވަލީ ޢަހުދު މުހަންމަދު ބުނު ސަލްމާނެއް ތުރުކީގެ އުރުދުޣާނެއް ޖޯޑަންގެ އަބްދުއްލާ ރަސްގެފާނެއް މިސްރުގެ ސީސީއެއް އަދި ރާއްޖޭގެ ރައީސް މުއިއްޒެއް ކިޔާނެ ކަމެއް ނެތެވެ. އިސްލާމްދީނާ ގައުމާ ވަތަނާ އިންޑިއާ އައުޓާ ކިޔައިގެން ދައްކާނީ ވެރިކަމަށް އައުމާ ވެރިކަމުގައި ދެމިހުރުމަށް ދައްކާ ހުސް ފޭކް ވާހަކައެވެ. ރައްޔިތުންގެ ލޮލުގައި އަޅުވާނީ މުޅިންވެސް އަނދުނެވެ.

މިސާލަކަށް ދެކޭނަމަ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމެންޓް ޕޯރޓެއް ހެދުމަކީ ސަލާން ނުޖަހައި ތަނަވަސް ކަމުގައި ދިވެހިންނަށް ދިރިއުޅެވޭނެ އެންމެ އަވަސް މަގެވެ. ޚާއްޞަކޮށް އިންޑިއާއަށް ސަލާން ނުޖަހާ ދިވެހިން ދިރިއުޅޭނަމަ އިންޑިއާ ބޭނުން ވަރަކަށް ރާއްޖެ ފިއްތާ ނުލެވޭނެތީ އެޕޯރޓް ހަދަން އިންޑިއާގެ ހިތް ހަލާލު އޮތްކަމަށް ބަލާކަށް ނުވާނެއެވެ. 

2008ން ފެށިގެން އައި ކޮންމެ ކެމްޕޭނެއްގައި އެވާހަކަ ދެއްކިޔަސް ވީކަމެއް ހަރާމެވެ. ސަބަބަކީ ފިތިފައި އޮންނަ ގަޑީގައި ފަންސާހުން ސަތޭކައިން މިލިއަން ޑޮލަރުދީ ފުރާގު ހަމަކޮށްދީ ބަޖެޓް ސަޕޯރޓް ދެނީ އިންޑިއާ ވީމައެވެ.  

ރާއްޖޭގެ ވެރިކަމުގައި ހުރީ ކޮންޕާރޓީ އެއްގެ ކާކުތޯ ބެލުން އިންޑިއާއަށް މުހިންމެއް ނުވާނެއެވެ. އިންޑިއާއަށް ރަނގަޅުވާނީ ވެރިކަމަށް އަންނަންވީ ވަޢުދު ފުއްދުމަށް ގޮތް ހުސްވެފައިހުރި އާ ވެރިޔަކު ކޮންމެ 5 އަހަރަކުން ރާއްޖޭގައި ބަދަލުވަމުން ދިއުމެވެ. ދަތިވާ ވަގުތު ފިއްތާލަން ފަސޭހަ ވާނީ އެމީހާއެވެ. ރައީސް މުއިއްޒު މިހާރު ފެތިފައި އެހުރީ އެގޮޅިއަށެވެ.

ވާނުވާގައި  އިންޑިއާ އައުޓް ޖެހި ގަޔަށް ބާރު ޓީޝާރޓް ލައިގެން ނުކުންނެވި ރައީސް މުޢިއްޒު މިހާރު އެހުންނެވީ ހޫނު ތަނުގައި އަތްލެވިފައެވެ.

100 ދުވަހުގެ ވައުދުގައި ލ. އަތޮޅުން ބޭރު ބޯޓް ފަހަަރަށް ބަންކަރިން ދިނުން ރައީސް މުއިއްޒު އިއުލާނު ކުރައްވަތްޕެވެ. އެކަމަކު ދެންމެ މިކަން ފެށޭ ވަރަށް އިހަވަންދިއްޕޮޅުގައި އެކަން ކުރަން ރައީސް ޞޯލިހްގެ ވެރިކަމުގައި ގަތަރާ އެކު އެސްޓީއޯ އޮތީ ސޮއި ކޮށްފައެވެ. އިހަވަންދިއްޕޮޅަކީ މިކަން ކުރަން އިންޑިއާ ރުހޭތަން ނޫންކަން އެނގޭނީ ރައީސް ޞޯލިޙްގެ އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން ޢަބްދުއްލާ ސައީދު ކުރެން އަހާލީމައެވެ.

ހައްދުން މަތީ ގާދޫއަކީ ބަންކަރިން ދޭން އިންޑިއާ ރުހޭތަނަކީ ތާއެވެ. އެކަން އެހެން ނިމިއްޖެއެވެ. މިހާރު ރާއްޖޭގަައި އެބުނާ 2 ހާސް އިންޑިއާ ސިފައިންނެއް ނެތެވެ. ތިލަމާލެ ބްރިޖްގެ ކޮލިޓީ ވެސް ސްޕީޑް ވެސް ރަނގަޅު  ވެއްޖެއެވެ. 

ފޮރިން މިނިސްޓަރު ކަމަށް އަޑުކީ މުންދޫދު ބަހައްޓާފައި މަގާމް ދިން ޒަމީރު އާޚިރުގައި ބުނާތީ މިއިވެނީ އިންޑިއާ މަހުޖަނަކާ އެކު ވިޔަފާރީގައި ނަގޫ ގޮއްޖެހިފައި ހުރި ކަމުގައެވެ. ނުވިތާކަށް އިންޑިއާއަށް ވަފާތެރި ކަމަށްކީ މުންދޫދު ފަހުން އެ ދިޔަައީ ވެސް ފޮރިން މިނިސްޓްރީ ގެ ވަޒީރުން ފެންވަރުގެ މަގާމަކަށެވެ. 

ތަމަޅައިން އަރާ ބަޑި ތަޅައިގަތް އިރު ބުއްފުޅި ބައްލަވަން އޮންނެވި ޣައްސާނު ސަލާމަތް ކުރީ އެ ދުވަހު އިންޑިއާއެވެ. މިވީގޮތް ދެކޭށެވެ. ރައީސް މުއިއްޒުގެ ޑިފެންސް މިނިސްޓަރަކީ އެދުވަހު އިންޑިއާއިން ސަލާމަތް ކޮށްދިން ރަައީސް މަނިކުފާނުގެ ހަގު މަނިއްޕުޅު ޣައްސާން މަައުމޫނެވެ. 

ޑިފެންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިންޑިއާ ދުރެއް ނުކުރެވުނެވެ. ނުވިތާކަށް އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި ޖެނެރަލް ޢަބްދުއްރަހީމަށް މުއިއްޒު ދެއްވީ ސިފައިންގެ ވެރިކަމެވެ.

ރައީސް މުއިއްޒުމެން ގެނައި ޑޯނިއަރ މަތިންދާ ބޯޓާ ހެލިކޮޕްޓަރާ އެތިބަ 77 އިންޑިއާ މީހުން ފޮނުވައެއް ނުލާނެއެވެ. އުތުރުތިލަ ފަޅު އެއްބަސްވުމާ އެއް ގޮތަށް އެތަންވެސް ހަދާ ނިންމާނީ ހަމަ އިންޑިއާ އިންނެވެ،

އިންޑިއާ ދުވަހަކު ވެސް ރާއްޖެއެއް ނުހިފާނެއެވެ. އެހެނެއް ކަމަކު އިންޑިއާ ރާއްޖެ އާ ދުރަކަށް ވެސް ނުލެވޭނެއެވެ.

އޭމިހިރަ ދިދަޔާ ، ހުކުރު މިސްކިތު ވަޅު ފެނާ އޭ ކިޔައިގެން ރައްޔިތުން ޅޮސް އުނދޯލީގައި ހެއްލަނީ ވެރިކަން ހޯދާށެވެ. ދީނާ ގައުމޭ ކިޔައިގެން ދައްކަނީ ދަޅަކަމާ އެއީ ވެރިކަމުގެ އެދުންވެރިކަމާ ބާރު ހޯދަން ކިޔާ ބަސްތަކެއްކަން ހުވާކޮށް ހަފްތާއެއްވި ތަނާ ޕީޕީއެމް އަދި ޕީއެންސީއަށް އެހެރަ ވާގޮތުން ސާފުވާނެއެވެ.

ސިޔާސީ މީހަކު ބެރެއްގައި ހަމަ ކޮއްޓާލާ އިރަށް އެކަމާ ވިސްނާލުމެއް ނެތި ގޭގައި ސިކުނޑި ބާއްވާފައި ގޮސް ވޯޓު އަޅައިގަތުގެ ދެރަ ފެންނަން ފެށިލެއް ލަސް ހެއްޔެވެ.؟ ދިވެހިންގެ ރާއްޖެ މިވަނީ އަދުރޭއްޖެއަށް ބަދަލުވެފައެވެ.

]]>
Fri, 24 Nov 2023 15:42:10 +0500 ހީރަސްނިއުސް
ފޫޅުނުވެއްޓެނީސް ފޫޅުމައިމީހާ ބަޗައިފި https://heerasnews.com/2039 https://heerasnews.com/2039 ކުއްޖާގެ ފޫޅު ނުވެއްޓެނީސް ފޫޅުމައިމީހާ ފޫޅުމާފޮށި ދޫކޮށް ފިލާ ރައްކާ ވެއްޖެއެވެ. ވާނީ އެހެންތާއެވެ. އެޅިހާ ވޭނުގައި ހާނާ ތެޔޮފެންލާ ބައިންޖަހާ ތަނަށް އަރުވާ މަސްތުރަކަޮށް ވިއްސާހެދި ފޫޅުމާމީހާގެ ބަހެއް ވިހޭފަހުން އެތެރިގެއަކު ނުވިކެއެވެ. ވިހޭގެ ތެރޭގައި ބޭނުން ކުރާހާ ކަތުރާ ދައްޗާ ބޭހާ އާލާތް އަޅައިގެން ގެންގުޅޭ ފޫޅުމާ ފޮއްޓަކީ ފޫޅުމާ މީހާ އަތްދަށުލާފައި ހުރި އެއްޗެއް ކަން ވިހޭމީހާ ވިހެއުމާއެކު ހަނދާން ނެތިއްޖެއެވެ. އެތަނުން މީހެއް މިތަނުން މީހެއް ގެނެސްގެން ވިހޭގެ ތެރޭގައި އަތްބުރަނީ ދުވަހަކު ލޯނުދެކޭ މީހުންނެވެ. ފޫޅުމާ މީހާގެ ބަހެއް ނުވިކެއެވެ. ލަފައެއް ނާހައެވެ. ބޭކެނބި ދައިތަވާ ރުޅިމަޑެވެ. 

އަހާނ ސަހަރޯއެވެ. ވަރު އަރުވާފާ ދޫކޮށްލި ފޫޅުމާ ފޮއްޓަކީ ފޫޅުމާ މީހާގެވެސް އެއްޗެއް ނޫނެވެ. އެފޮއްޓަކީ ރަށުގެ މުސްކުޅި ބޭކެނބި ދައިތަ ގެންގުޅެލަން ދިނީމާ އެދައިތަ އަތުން ފޭރިގަތް ފޮއްޓެއް ވިއްޔާއެވެ. ބޮޑު ބޭކެނބި ދައިތަ އެކަމާ ވީމޮޅިން ފޫޅުމާފޮށި ހޯދަން ނައިބުގެއަށް ދިޔައެވެ. އެފޮށި ނައިބުގޭން ދައިތައަށް ހޯދާ ދީފާނެ ކަމަށް ގަތްބިރުން ހޯދި ކުޑަކުޑަ ފޫޅުމާ ފޮށި ވެސް މި ހުރިހާ ދުވަހު ގެންގުޅުނީ ބޮޑު ބޭކެނބި ދައިތަ އަތުން ފޭރިގަތް ފޫޅުމާ ފޮށީގެ ތެރެއަށް ލައިގެނެވެ. 

އެންމެ ފަހުން ވިއްސަން އުޅުނު އުޅުމުގައި އެޅުނު ޅައެއްޗެހި ތަކަކުން ފޫޅުމާކަން ކުރަންމެދުކަނޑާލަން މޮޅު ފޫޅުމައަށް ޖެހުނެވެ. ފޫޅުމާކަން މެދުކަނޑާލަން ޖެހުމުން ފޫޅުމާ ފޮށިތައް ބެހެއްޓީ ޓިނުގަނޑު ދަށަށް ލާފައެވެ. ފޫޅުމާ ފޮށިތައް ޓިނުގަނޑު ދަށަށް ލީފަހުން ފޫޅުމާއަށް ފޫޅުމާ ފޮށިން ފެންނަނީ ޓިނުގަނޑު ދަށުން ނެރެދެއްކި އެއްޗެއް ދެއްކި ވަރަކަށެވެ. ނަމެއްގައި ފޫޅުމާ މީހާގެ ފޫޅުމާ ފޮށި ތަކެކެވެ. ހުންނަނީ ޓިނުގަޑެއްގެ ދަށުގައި ތާށިކޮށްފައެވެ. 

އެންމެފަހުން ފޫޅުމާ ފޮށިން ފޭރި ހުސްކުރަން ފެށީ ވިހޭގެ ތެރެއިންނެވެ. ބޭނުމެއް ހިފޭ ގޮތަށް ހުރި ހުރިހާ އާލާތަކާ ބޭހަކާ ކަފަރޯލަށް ދަންދެން ދަމައިގަތީއެވެ. ނަމެއްގައި ފޮއްޓަކީ މަ މޮޅު ފޫޅުމާމީހާގެ އެއްޗެކެވެ. އެތަން ދެކެން ހުންނާން މަ މޮޅު ފޫޅުމަޔަށް ކެތެއް ނުވިއެވެ. އެވަރު ވީމާ ފޫޅު ވެއްޓުނެއް ނުވެއްޓުނެއް ބަލާނެ ކަމެއް ނެތްތާއެވެ. ތަޖުރިބާ ކާރު މަ މޮޅު ފޫޅުމަޔަކަށް ފޫޅުމާ ފޮއްޓެއް ހޯދުމަކީ މާ އުދަގޫ ކަމެއް ކަމަކަށް ނުވާނެއެވެ. މޮޅު ގޮތަކީ ފޭރޭ ފޮށި ފޭރެން ދޫކޮށްލުމެވެ. އެހެދީ ހަމަ ރަނގަޅަށެވެ.

]]>
Fri, 24 Nov 2023 14:54:02 +0500 ހީރަސްނިއުސް
ނުވާނެންޏާ ގެއަށް ކަނޑާލާ! https://heerasnews.com/2038 https://heerasnews.com/2038 އެއް ބައެއްގެ އަތްމަތިން އަނެއް ބައެއްގެ އަތްމައްޗަށް ސަރުކާރު ހިންގުން ބަދަލުވަނީ އަރަންޏާ ދަރަންޏާ އެކުގައެވެ. ފައިދާއާއި ގެއްލުމާ އެކުގައެވެ. ހުރިނަމަ ހުރި މުދަލަކާ ފައިސާއަކާއި ވެސް އެކުގައެވެ. ލިބެން އޮތް އެއްޗަކާ ދާން އޮތް އެއްޗެއްވެސް އެކުލެވިގެންނެވެ. 

އެއްވެސް ސަރުކާރެއް ބަދަލުވަނީ ލިބެން އޮތް ހުރިހާއެއްޗެއް ހޯދާ ޖަމާކޮށްދީފައެއް ނޫނެވެ. ދައްކަން ހުރި ހުރިހާއެއްޗެއް ދައްކާ ނިންމާފައެއް ވެސް ނޫނެވެ. ގިނަ ކަންތައް ތަކެއް ކުރިބަޔަކު ވެރިކަން ދޫކޮށްފައި ދާއިރު ކުރެވިފައި ހުރި ގިނަ ކަންތައްތަކެއް ހުރިހެން ދައްކަންވެސް ގިނަ އެއްޗެތި ހުންނާނެއެވެ. އެއްވެސް ކަމެއް ނުކުރާނަމަ ދައްކަންޖެހޭ އެއްޗެއްވެސް ނުއޮންނާނެއެވެ. 

ގޯތި ދޫކުރަން ބިން ހިއްކާ ގޯތިދޭން ނޫޅުނުނަމަ ހިއްކަންފަށަފައި ނުނިމި އޮތް ބިމެއްް ނުއޮތީހެވެ. ފްލެޓް އަޅަން ފަށަފައި ނެތްނަމަ ހަވާލުކުރާނެ ފުލެޓެއް ނުހުންނާނެއެވެ. ފަޅުފުންކޮށް ބަދަނރު ހަދަން ނުފަށާނަމަ ނުމިފައި ބަދަރެއް ފަޅެއް ނުއޮންނާނެއެވެ. ނަރުދަމާއާއި ފެން ރަށްރަށުގައި އަޅަން ފަށާފައި ނެތްނަމަ ނުނިމޭ ވާހަކަ ދައްކާކަށް ނުޖެހުނީސް ނުންހެއްޔެވެ. ސްކޫލުތަކާ މަލްޓިޕާޕަސް ހޯލުތައް އަޅަން ނުފަށާނަމަ ނުނިމޭ އެފަދަ ތަންތަނެއް ވެސް ނުހުރީހެވެ. ބަޔަކު ލައްވާ މަސައްކަތް ނުކުރުވާނަމަ ފައިސާ ދޭންޖެހޭ ބަޔަކުވެސް ނުތިބޭނެއެވެ. 

ވެރިކަމާ ހަވާލުވީ އިރުވެސް ދަރަނި ދައްކަން ޖެހޭނެކަން އެނގޭ ނޫން ހެއްޔެވެ. ނުނިމޭ އެތައް މަސައްކަތެއް ހުރިކަންވެސް އެނގޭނޫން ހެއްޔެވެ. ކުރީން އޮތް ސަރުކާރުން ކަންކަން ކުރަމުން ފައިސާއެއް ނެތޭ ކަމެއް ނުކުރެވޭނެއެކޭ ހަވާލުވާން އަންނާށެކޭ ނުބުނޭ ނޫން ހެއްޔެވެ. ލިބެން އޮތް ގޮތަކަށް ހޯދައިގެން ދެއްކެން އޮތް ގޮތަކަށް ދައްކަމުން ކުރަންޖެހޭ ކަމެއް ކުރަމުން ދިޔައީ ހޯހޯ ގޮވަމަކުންނެއް ނޫނެވެ. ކުރެވޭނެއޭ ކުރާނަމޭ ބުނަމުންނެވެ. 

ރައްޔިތުން ވެރިކަން ހަވާލުކުރީ ވެރިކަން ހޯދަން އުޅުނު އިރު ހުރިހާ ކަމެއްވެސް ވާނެއޭ ކުރާނަމޭ ކުރެވޭނެއޭ ބުނެގެން ނޫން ހެއްޔެވެ. ފަށާފައިއޮތް ކަމެއް ނުހުއްޓާ ބަރާބަރަށް ކުރާނޭކަމަށް ވައުދު ވީމާ ނޫން ހެއްޔެވެ. ނުވިތާކަށް އިތުރު އެހެން ބޮޑެތި ކަންތައްތައް ކުރަންވެސް ވައުދުވީ ގައުމު އޮތް ހާލަތު ނޭނގިއެއް ނޫނެއް ނޫންހެއްޔެވެ. 

ވެރިކަން ލިބުމާއެކު ފައިސާއެއް ނެތޭ ކަމެއް ކުރެވޭކަށް ނެތޭ ދައްކަންޖެހި ނުދައްކާ ފައިސާ އެބަހުއްޓޭ ކިޔައިގެން ތިޔަ ދަމަނީ ކޮންހާ ހާސަރެއް ހެއްޔެވެ. ރައްޔިތުންނަށްޓަކައި ރާއްޖޭގެ ކަންކޮޅުތަކުގައި ފަށާފައި ހުރި ކަންކަން ނުކުރުމުގެ ބަހަނާއަކަށް ދަރަނީގެ ވާހަކަ ނުދައްކާށެވެ. ވެރިކަމާ ހަވާލުވީ އެއްވެސް ތާކަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނެކަމަށް ހީކޮށް ހެއްޔެވެ. ތިޖޫރިތައް ފުރިބާރުވެ ބަންޑުން ވާވަރަށް ފައިސާ ހުންނާނެ ކަމަށް ހީކޮށް ޖީބުތައް ފުރާލަން ކަމަށް ހެއްޔެވެ. 

ނެތްފައިސާ ހޯދައިގެން ފަށާފައި ހުރި ކަންކަން ނުހުއްޓާ އައުކަންކަން ކުރަމުން ގައުމު ހިންގަން ނޭގޭންޏާ ރޮއެ އާދޭސްކޮށް ދެފައިތަޅައިގެން ނުވިތާކަށް ޖާދޫ ހަދައިގެން ވެރިކަން ހޯދީ ކީއްކުރަން ހެއްޔެވެ. ހިތްވަރު ހުރި ގޮތްހުރި ބަޔަކު ކުރީ ސަރުކާރޭ ފައިސާއެއް ނެތޭ ކަންކަން ނުކޮށް ހުއްޓާލަން ޖެހެއޭ ދަރަންޏެކޭ ނުގޮވާނެއެވެ. ހަމަތެދެކެވެ. ގައުމު އޮތް ހާލަތާއެކު ކުރިއަށް ގެންދަން ނޭގެންޏާ އަވަހަށް އެއްފަރާތް ވާށެވެ. އިތުރު ގޯހެއް ނުހަދާ އަވަހަށް ނުވާނެންޏާ ގެއަށް ކަނޑާލާށެވެ.   

]]>
Thu, 23 Nov 2023 17:21:32 +0500 ހީރަސްނިއުސް
ބަންޑާރަ ނައިބު އުޝާމަށް ރުހުން ނުދޭންވީ މިހެންވެ! https://heerasnews.com/2035 https://heerasnews.com/2035 މިހިރަ ބަންޑާރަ ނައިބޫއެވެ. ތިބާޔާ އަވަލާފައި ތިޔަހުރީ ކޮންބާވަތަކު ޖިންނިއެއް ހެއްޔެވެ. ތިބާއަށް އަހުރެން އިތުބާރު ކުރަންވީ ކީއްވެހެއްޔެވެ. ތިބާއަކީ ފައިސާ ހުރިނެތް މިންވަރަށް ބަލައިގެން ގާނޫނީ ލަފާދޭން ހުރި މީހަކީ ހެއްޔެވެ. ޒާތީ ތައައްސުބާއި ބަދަލު ހިފުމުގައި ތިބާ ތިޔަހުރީ ހާދަހާވާ މަތީގައެވެ. 

ބަންޑާރަ ނައިބު އުޝާމޫއެވެ. ތިބާއަށް ގައުމެއްގެ ސަރަހައްދީ އިމެއް އިގްތިސާދީ ހާއްސަ ސަރަހައްދީ ކަނޑުގެ އިމެއް ވަކިނުވާކަން އަހުރެން ދެނަހުރީމެވެ. ރާއްޖެއަށް ހާއްސަ އިގްތިސާދީ އިމުގެ ސަރަހައްދަކީ ރާއްޖޭގެ ސިޔާސީ އިން (ޓެރެޓަރީ) ނޫން ކަމެއް ތިބާއަށް ނޭނގޭކަން ތިބާގެ ގާނޫނީ ލަފާތަކުން އަހުރެން ސާބިތުކޮށްދޭނަމެވެ. 

ގާނޫނު އަސާސީ ބުނާ އާކިޕެލަޖިކް ބޭސް ލައިނުގެ ބޭރަށް 12 މޭލު އެތެރޭގައިވާ ކަނޑާ، ބިމާ، ބިމުގެ އަޑިއާ، ޖައްވު ނޫން އެއްވެސް ތަނަކީ ރާއްޖޭގެ ތަނެއް ނޫންކަން ތިބާއަކަށް ނޭނގެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާހިލާފަށް ހައްގުނޫން އެއްޗެއް ފޭރިގަންނަން ގާނޫނީ ލަފާދޭ ބައިގަނޑުގެ ތެރޭގައި ތިބާގެ އަޑު ގަދައެވެ. ދުނިޔޭގެ ހަމަތަކާ އުސޫލުތައް މުގުރާލާ ކަނޑުފޭރެން ގާނޫނީ ހުއްޖަތް ނެރޭ މީހަކީ ރާއްޖޭގެ ބަންޑާރަ ނައިބުކަމަށް ކުފޫ ހަމަ މީހެއް ނޫނެވެ. 

ބަންޑާރަ ނައިބޫއެވެ. ތިބާ ކަހަލަ ފޭރޭ ވިސްނުމުގެ މީހަކު ގާނޫނީ ލަފާދޭ ސަރުކާރެއްގައި ބިމާ ކަނޑުފޭރުމަކީ ރާއްޖޭގެ ޒާތްކަމަށް ވެދާނެއެވެ. އެއިރުން ދައްކާނީ އިޒްރޭލުން ފަލަސްތީނު ބިންތައް ފޭރެން ދައްކާ ފާޑުގެ ހުއްޖަތެވެ. ގައުމަށް ވަފާތެރިވުމަކީ ހައްގުނޫން އެއްޗެއް ހެދުނު އެއްޗެއް ހަދައިގެން ދަމައިގަންނަން އުޅުމެއް ނޫނެވެ. 

ބަންޑަރަ ނައިބު އުޝާމޫއެވެ. ދެކުނު ކަނޑުން ގެއްލުނުބައި ހޯދާށޭ ކިޔައިގެން ދެއްކުނު ވާހަކަ ހަލާލު ކުރަން ބިލިއަން ބިލިއަނުން ފައިސާ ހަރަދު ކުރަން ނޫޅޭށެވެ. އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމުގެ ބަހާނާގައި ދައުލަތުން ފައިސާތަކެއް ދަވާލާ ބޭކާރުކޮށްލަން ނުވިސްނައްޗެވެ. އެހެން ކިޔައިގެން ރައްޔިތުނަށް އޮޅުވާލައިގެން ތިޔަ ތިބީ ވެރިކަމަށް އާދެވިފައެވެ. ގެއްލުނު ކަނޑު ހޯދުމުގެ ބަހަނާގައި ފަސް އަހަރުވަންދެން ދައުލަތުން ފައިސާތަކެއް ފައިކޭޓަށް އަޅާލެވޭނެ ކަމަށް ހީކޮށް އެ ގަނޑު ގަންނަން ނުހަދައްޗެވެ. 

އޭ މިހިރަ ބަންޑާރަ ނައިބޫއެވެ. ހުވައެއް ކޮށްގެން ހުއްޓަސް ތިޔައިއްޔަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ލިބިގެން ހުރި މީހެއްވެސް ނޫނެވެ. ގާނޫނީ ނުލަފައެއް ދީގެން ހުއްޓުވޭނީ އަތްފޯރާ ހިސާބުގައި ހުންނަ ކަންކަމެވެ. ކޯޓުން ބޭރުން ބަދަލު ދިނުމުގެ އުސޫލު ބާތިލުކޮށް ކޯޓު އަމުރަކުން ދައުލަތުން ބަދަލު ދޭން ޖެއްސީމާ ދައުލަތަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެއެވެ. ސިޔާސީ ޖަޒްބާތުގައި މޮޅުކަމެއް ކޮށްލެވުނީއޭ ހީވިޔަސް ރުހުން ނުލިބެނީސް ދައުލަތަށް ތިޔަ ދިނީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑުގެއްލުމެކެވެ. މަޖިލީހުން ރުހުން ދިނުމުގައި މިހުރިއްޔަކީ ނުބަލާ ދޫކޮށް ލެވޭނެ ކަންކަމެއް ނޫނެވެ. 

]]>
Wed, 22 Nov 2023 16:33:18 +0500 ހީރަސްނިއުސް
މުއިއްޒު ޔާމީނުގެ ވަސް ފުހެލައްވާނެ! https://heerasnews.com/2034 https://heerasnews.com/2034 ރައީސް ޔާމީނުގެ ނަންފުޅު ބޭނުން ކުރައްވައިގެން ޑރ. މުއިއްޒު ކިތަންމެ ރަނގަޅަކަށް ވެސް ޕީޕީއެމް މީހުންގެ ބޮލުގައި ތެތްގޯނި އަޅުއްވައިފިއެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ވޭނާއި ތުރާލުގެ ނާޖާއިޒު ފައިދާ ވަރަށް ހީލަތްތެރި ގޮތަކަށް ނަންގަވައިފިއެވެ.

ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ޑރ.މުއިއްޒު އަވަސްވެ ވަޑައިގަތި ރައީސް ޔާމިނު ދޫކޮށްލެއްވެން ނެތްކަން އިއުލާނު ކުރެއްވުމަށެވެ. ޑރ. މުއިއްޒު ހުވާ ކުރެއްވި ހިސާބުން ޝަރީއަތަށް ސަރުކާރުން އަތްބޭނުން ނިމުނީކަމަށް ވިދާޅުވެ ދެއްވީ ރައީސް ޔާމީން ދޫކޮށް ލައްވަން ނެތްކަމުގެ މެސެޖެވެ. 

ހުވާކުރައްވާނީ ރައީސް ޔާމީނު މިނިވަން ކުރައްވައިގެން އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވާ ކަމަށް ޕީޕީއެމް ސަޕޯޓަރުން ޔަގީން ކުރިއެވެ. ޕީޕީއެމްގެ އާއްމު މެންބަރުންގެ ތާއީދު ހޯދުމަށް ކެންޕޭނު ތެރޭ ކުޅުއްވިހާ ޑްރާމާއަކީ ތެދެއްނޫންކަން ސާބިތުކޮށް ދެއްވުމަށް ޖަލު ބަންދުގައި ހުންނެވުމުން ރައީސް ޔާމީނަށް ފުރުސަތެއް ލިބި ވަޑައެއް ނުގަތެވެ. 

ރައީސް ޔާމީނު ޖަލުގައި ހުންނެވުމުން އެމަނިކުފާނުގެ ނަންފުޅުގައި ޑރ. މުއިއްޒު ގެންދެވީ ތާއީދު ހޯއްދެވުމަށް ހެއްދެވުނުހާ އިތުރުފުޅެއް ހައްދަވާ އާއްމުން ވާވައްދަވަމުންނެވެ. އޭރު އެވާހަކަ ދެއްކި މީހުން ދެއްކީ ފިތުނަ އުފެއްދުމަށް ކަމަށް އޭރުއޮތީވެފައެވެ. 

ރައީސް ޔާމީނު އިންތިހާބު ބޮއިކޮޓް ކުރަން އެދިވަޑައިގަތީ މިދުވަސް އަންނާނެކަން އެނގިވަޑައި ގަންނަވާތީއެވެ. އެއަޑު ބައްސަވާ ސެނެޓް ގަނެލައްވައިގެން ޓިކެޓް އެންޑޯޒް ކުރުވީ ދޮންކަޅު އަންގަވާ ނުލައްވައެވެ. 

ޑރ. މުއިއްޒަށް ޕީއެންސީ ޓިކެޓް ގައި ވެރިކަން ހޯއްދެވިއްޖެއެވެ. މިހާރު އަމާޒު ހިއްޕަވާފައި އެ ހުންނެވީ ޕީޕީއެމްގެ ބަނޑުދަށުން ރައްޔިތުންގެ މަޖިލީހަށް ގޮނޑިތަކެއް ހޯއްދަވާ ކޮންޓްރޯލް ކުރެއްވުމަށެވެ. މަޖިލިސް އިންތިހާބު ނިމެންދެން ވަރަށް ޕީޕީއެމް-ޕީއެންސީ ވާނެއެވެ. އިންތިހާބު ނިމޭ އިރަށް ރައީސް ޔާމީނު ޖަލަށް ގެންދަވާ ޕީޕީއެމް މަދޮށިފުކެއް ބަރުކޮށް ލައްވާނެއެވެ. ރައީސް ޔާމީނުގެ ވަސް ފުހެލައްވާނެއެވެ. ބަލަން ތިބޭށެވެ.  

]]>
Wed, 22 Nov 2023 12:45:50 +0500 ހީރަސްނިއުސް
ގިނަ ރައްޔިތުން ބޭނުންވި ރާކަނި މަސް ދަނީ ފިހެވެމުން. https://heerasnews.com/2031 https://heerasnews.com/2031 ޢާންމުކޮށް މުޅި ރާއްޖެ، ޚާއްޞަކޮށް މާލޭ މީހުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން، ކަން ރައީސް މުޢިއްޒު ދެނެވަޑައިގަތީ އިއްޔެއަކު މިއަދަކު ނޫނެވެ.

ލެއްވިހާ ޕާޓީއަކަށް ބަދަލުވަމުން ގޮސް ފެބްރުވަރީ 7 ގައި ރައީސް ވަހީދު އުފެއްދި ބަައިތޯލާ ސަރުކާރުގެ ގެދޮރު މިނިސްޓްރީ އޮތީ ޢަދާލަތަށް ކަން އެނގިވަޑައިގަތުމާއެކު ޢަދާލަތަށް ވަންނަވާ ޝެއިޚް އިމްރާނު އަރިހު އާދޭސް ކުރައްވައިގެން ހައުސިންގ މިނިސްޓަރކަން ރައީސް މުއިއްޒުހޯއްދެވީ ރައްޔިތުން ގެދޮރުވެރި ކުރުވަން ކަމަށް ބުނެވޭކަށް ނެތެވެ. އަދިކިއެއްތަ އެންމެ މުހުތާދު ބޮޑުކަމަކުން ނޫނީ އެންމެ އަވަހަށް ވެރިކަން ނުހޯދޭނެކަން އޭރުވެސް ރައީސް މުޢިއްޒަށް ސާފުވީކަން ޔަގީނެވެ. ރައީސް ވަހީދުގެ 2 އަހަރު ބަޔާ، ރައީސް ޔާމީނުގެ 5 އަހަރު ވެސް ގެދޮރު މިނިސްޓްރީ އަކާ ރައީސް މުޢިއްޒު ފޭވެވަޑައިނުގެން އައްޓަ މަހެއްހެން ތަތްކޮށްލެއްވީ ކަމެއްވީމައެވެ. 

އެއް އިރެއްގައިވެސް މާލޭގެ މެޖޯރިޓީ އެމްޑީޕީ ނޫން ބަޔަކަށް ނޯވެއެވެ. އެކަން ނިންމާލި މޮޅުގޮތް އެއޮތީ ފޭސް 2ގައި ފެންނާށެވެ. އެތަން ހިއްކާ އެތަނުގަައި 25 ހާހުގެ ގިނަ މީހުން އެތިބީ ފައިން ލޮނުވެލި ނުހިކެނީސް މާލެ ގެނެސް މާލޭ ރަށްވެހިންނަށް ހަދާ ވަޒަންވެރި ކުރުވާފައެވެ. 

ހިޔާ ފްލެޓަށް އެދެން ޖެހުނު ގޮތާއި  ލިސްޓް ނެރުނު ގޮތާއި އޭގައި ވާނުވާ ނޭނގުނު ވާހަކަ ދެއްކީ ވެސް ހަމަ އޭ! މިތިބަ ލޮބުވެތި ދިވެހިންނެވެ. 

މެޑަމް ލިސްޓެކޭ ކިޔައިގެން މެޑަމް ފާތުން އިސްތަށިފުޅުގައި އެކަނި ބަދުނާމު އެޅުވިއެވެ. އެކަމަކު މިހާރު މީހުން ކިޔާ އުޅޭ ގޮތުން އެފަހަރުވެސް މެޑަމް ސާޖީގެ ލިސްޓެއް ވެސް ޞިއްޙީ ދާއިރާއިން އުފެދުނު ކަމަށް އެބަ ކިޔައެވެ. 

ވެރިކަން ބަދަލުވެ އެމްޑީޕީގެ އެތެރޭގެ ކޯޅުން ގަނޑު ހަމަ ފެނިވަޑައިގަތުމާ އެކު އެވަގުތު އުފެދުނު ހުސްޖާގައަށް ރައީސް މުއިއްޒު ޖަމްޕު ޖެއްސެވީ ހުޝިޔާރު ކަމާއެކުއެވެ. 

މާލޭގެ ބިމާ ބޯހިޔާވަހި ކަމަކީ ރައީސްކަން ހޯދޭ ބޮޑު ދޮރާށިކަން ސިޔާސީ ގޮތުން މާތޫނު ފިލިވެގެން މިއުޅޭ އެހެން ބޭފުޅުންނަށް އެނގިވަޑައިގަންނަވާހެން ހިޔެއް ނުވެއެވެ. އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން އެމަގުން ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ކުރިއަށް ވަޑައިގެން ޑރ. މުއިއްޒު އެހުންނެވީ ރާއްޖޭގެ ވެރިކަމުގައެވެ. 

އެމްޑީޕީގެ ސުޕަރމެޖޯރިޓީ އާއި ގަދަ ވެރިކަމަށް ކުރެވުނު ހަމަ  އެއް ކަމެއް ވެސް ނެތެވެ. އެހެރަ ގަދަފަދަ ކަމަށް ބުނާ ރައީސް ޔާމީނަށް ވެސް ވާނުވާ ރޭކާލި ހެންވެސް ހިއެއް ނުވެއެވެ.

ހުވަޔަށް 72 ގަޑިއިރު ވީއިރު އަސްލިއްޔަތު ތިލަވާން ފަށައިފިއެވެ. ކެމްޕޭނުގައި ހެދި ދޮގާ ފެތުރި ފިތުނަ ސާފުވަމުން އެހެރަ ދަނީއެވެ.

މާލޭގެ ގޯއްޗާއި ފްލެޓާ ބެހޭ ގޮތުން ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅު ތަކާއި ސަރުކާރުން ކަންކުރަން އުޅޭ ގޮތާ ދިމާނުވާނެ ކަމުގެ ހެކި ފެންނަން ފަށައިފިއެވެ.

ކުރިއަށް އޮތީ މަޖިލިސް އިންތިޚާބު ކަމަށް ވާތީ ޕީއެންސީއަށް މެޖޯރިޓީ ހޯދަން ދެ ޕާޓީގެ ލޯގޯ އެކުގައި ޖެހިޔަސް ހެޔޮވަރު އަދަދަކަށް މަޖިލީހުން ގޮނޑި ލިބިއްޖެ ނަމަ ޕީޕީއެމްގެ ކުލައާއި ލޯގޯއަށް ވާނީ ހޮވުމަށްފަހު ރައީސް ޔާމީނުގެ ފޮޓޯފުޅަށް ވީގޮތެވެ.

އަންނަ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެ ނަމަ ރިޔާސީ އިންތިޚާބުން ދިވެހި ގިނަ ރައްޔިތުން ކާން ބޭނުންވި ރާކަނިމަސް ރަނގަޅަށް ކެވޭނެއެވެ.

މާލޭގެ ގޯއްޗާއި ފްލެޓޭ ކިޔައިގެން ރައީސް މުއިއްޒުގެ ހައިދަރު މިނިސްޓަރ އިއްޔެ ރައްޔިތުންގެ ނޭފަތުގައި އެޖައްސާލީ ފިހެވެމުންދާ މިދެންނެވި ރާކަނި މަހުގެ ކިރިޔާ ވަހެވެ. ހުރިހާ ކަމެއް ގޯސްވެ ދިޔައިމާ ފަހުން ރޮއެ މަހާނަ މައްޗަށް މަޑިއަށް ޖެހުނަކަސް ވާނެކަމެއް ނޯވެއެވެ. 

ސުޕަރމެޖޯރިޓީ އޮތް ވަގުތު ބޯހިޔާވަހިކަމާ ބިމުގެ ގާނޫނު ފަސޭހައިން ބަދަލު ނުކުރެވޭ ގޮތަށް މިހާރު އިޞްލާޙު ނުކޮށްފިނަމަ ރައްޔިތުންނަށް ކޮންމެފަދަ ލަގާ އެއްވެސް ދީފާނެއެވެ. 

އެހެންނޫނީ ދެން އޮތީ އެހެން ގޮތެކެވެ. ގިނަ ރައްޔިތުން ބޮނޑިބޯން އެދޭ ގަައުމެއްގައި ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ރައްޔިތުން އެ ބޮނޑި ބުއިމުގެ ޙައްގާއި މިނިވަންކަން އެ މީހުންނަށް ދީގެން މިހާރު އޮތް މަޖިލިހުން ވެސް އަޅާ ނުލާ ތިބުމެވެ. އޭރުން ރައީސް ޔާމީނަށް ޖަލެވެ. ޕީޕީއެމަށް މަގުމައްޗެވެ. ވެރިކަމާއި މަޖިލިސް ޕީއެންސީ އަށެވެ. އޭރުން ކާން އުޅުނު ރާކަނި މަސް ރަނގަޅަށް ކެވުނީއެވެ. 

]]>
Tue, 21 Nov 2023 13:18:38 +0500 ހީރަސްނިއުސް
މުއިއްޒު ދުވެލީގާ ލައްގާނީ މުއިއްޒު ނެރުގެ ފައިކައްޓަށް https://heerasnews.com/2029 https://heerasnews.com/2029 އާނއެކެވެ. މުއިއްޒު ސަރުކާރު ތަފާތު ވާނެއެވެ. ކުރީ ސަރުކާރު ތަކުން މަސްތުރަ ނުވަނީސް ފޫޅެއް ނުކަނޑައެވެ. އަތްދޮށް ނުލާ އުނދުންމަތީން ހޫނު ތަވާ ބާލާކަށް ނުހިފައެވެ. ބަލި އެނދުގައި އޮތް ބަލިމީހާ މަރު ނުވަނީސް ކަށްވަޅެއް ނުކޮނެއެވެ. ކަނޑު ދުވަން ނިކުމެ ނަގާ ހޮޅި ރާޅަށް ބިރުން ކަނޑުމެދަށް ރިޔާ ދޫކޮށެއް ނުލައެވެ. އެހެނަސް މުއިއްޒު ތަފާތު ވާނެއެވެ.

މުއިއްޒު ސަރުކާރު ހިންގާނީ "މުއިއްޒު ދުވެލީ" ގައި ކަން މީހަކު ނުބުންޏަސް އެންމެނަށް އެނގެއެވެ. މުއިއްޒު ދުވެލި ދިވެހިންނަށް އެނގެއެވެ. ކަމަކާ ޖެހުމުން އަގުޅި ނެތްކަން އެނގެއެވެ. ހޮޅި ވައުދު ތަކެއްވެ ކުރިން ބުނި އެތި ކެންސަލަ ކުރަމުން އުނބަށް ޖެހުން ނޫން ކަމެއް ތިޔަ ސަރުކާރަކަށް ނުވާނެއެވެ.

ރަންކޮޅާއެވެ. ބޮޑުދިދައަށް ބަލަހައްޓައިގެން ހުރެ ދިދަޔަށް އިރުނުއޮއްސޭނެ ވާހަކަ ބުނީ ކޮން ދިދައަކަށް އިރު އޮއްސޭތީ ހެއްޔެވެ. ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ތިރި ނުކުރާ ގައުމީ ދިދައެއް އެތައް ދުވަހެއް ކުރިއްސުރެ ހުންނަކަން ނޭގުމަކީ މުއިއްޒަށް ރާއްޖެ ނޭގޭވަރު އެނގިގެން ދިޔަކަމެކެވެ. ގައުމީ ދިދައާއިބެހޭ ހާއްސަ އުސޫލެއް އޮތްކަންވެސް އެނގެނީއެއް ނޫނެވެ. ބޮޑު ދިދައާއި ދިމާއަށް އެނބުރި ހުރެ އޭ މިހިރަ ދިދަޔާއޭ ގޮތްވަކަސް ގައުމިއްޔަތު ކެކިއަރާ ބަންޑުނެއް ނުވާނެއެވެ. 

ހަމައެކަނި ވަޒީރުންގެ ގެއާއި ކާރުގައި ދިދަ ޖެއްސަކަސް ކަމަކު ނުދާނެއެވެ. ވަޒީރުން އަންނަ ފޮށައާއި މިލަ ފޭއްޔަކީ ވެސް ދިދަކަމުގައި ވާނީ ހަދާށެވެ. ގައުމިއްޔަތަކީ ތޫލި ރާގަކަށް ބުން ހަމަކޮށް ވަޒަނަށް އަތުރާ އިބަރާތް ތަކެކޭ ހީވަނީ ހެއްޔެވެ. ގައުމިއްޔަތު ފައްކާ ނުވެގެން މިއުޅެނީ އޮފީސްތަކުގެ ނަންބޯޑް ދިވެހިން ނެތިގެން ހެއްޔެވެ. ތިޔަ ކަމެއްވެސް ލަހެއްނުވެ އުނބަށް ޖަހާތީ ދެކޭނަމެވެ. އަސްލުގައި ނެތް އެއްޗެއް ގަދަކަމުން ނުނެރެވޭނެއެވެ. ތޮއްޑޫން ސަމަންތަރު ހެޔޮ ކަރައެއް ގެނެސް ފަޅާލީމާ ނިކަން އޮއްބުރާނެއެވެ. 

ވާހަކަ ފޮރޮޅާނެކަމެއް ނެތެވެ. ހަގީގަތުގައިވެސް އެއްވެސް އާކަމެއްނެތެވެ. އައުކަމެއް ނެތްތާ ހިނގަމުން އައި ރަނގަޅު ކަމެއްވެސް ހިނގާފާނެ ކަމުގެ އުއްމީދެއް ނެތެވެ. ރައްޔިތުންނާއި ނޫސްވެރިން ވެސް ތިބީ ހަމަ ރަގަޅަށް މާޔޫސް ވެފައެވެ. ކީހާ ޅެން ފަރިއްސަށް ވާތަން ފެންނާތީއެވެ. ކުރިގަނެވި ހަމަ ނުޖެހެވެނީސް ލޮންދާލައިގެން ރުއް ބުޑަށް ވެއްޓެން އުޅޭތަން ފެންނާތީއެވެ. އަތުންފައިން ހޯހޯ ގޮވާ ބޮލާފޮށާ އެޅޭތަން ފެންނާތީއެވެ.

17 ނޮވެމްބަރުގައި ފެށި ދަތުރު މުއިއްޒުވެފައިވާ ރަސްފަންނު ބޭރުން ފަނާވެދާ ސްނާމީ ބިނާ ހުރަސްކޮށް ބޮކު ދުވެލީގައި އުނބަށް ޖަހަމުން ގޮސް ލައްގާނީ ހޮޅިރާޅު ނަގާ މުއިއްޒު ނެރު ފައިކަށްޓަށެވެ. އެންމެ ފަހުން ހިކި ކަދުރު ރުކުން ސަންދޯއްޖަހާ ވަޅުލަން ޖެހޭނީ މުއިޒްވެފައިވާ އާސަހަރާ ކަށްބިމުގައެވެ.

]]>
Mon, 20 Nov 2023 20:47:10 +0500 ހީރަސްނިއުސް
އިންޑިއާ ސިފައިންނޭ ކިޔައިގެން ހެދި ދޮގު ބޭޒާރު https://heerasnews.com/2025 https://heerasnews.com/2025 ރާއްޖެފުރާ އޮތީ ހާހުން އަރާތިބި އިންޑިއާ ސިފަައިން ކަމަށް ބުނެ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކެމްޕޭނުގައި ރައްޔިތުންނަށް އޮޅުވާލާ ދޮގާ މަކަރު ހަދައިގެންކަން ފަޅާއަރައިފިއެވެ.

އިންޑިއާގެ ހަތިޔާރު އެޅި އެތަށް ސަތޭކަ ނުވަތަ ހާހުން ގުނޭ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ތިބިކަމަށް ރައީސް މުޢިއްޒުގެ ކެމްޕޭނުގައި ތަކުރާރުކޮށް ރައްޔިތުންގާތު ކިޔަމުން ދިޔައެވެ.

އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ޖެނެރަލް ޢަބްދުއްރަޙީމް ތަކުރާރުކޮށް މީޑިއާގައި ވިދާޅުވަމުން ގެންދެވީ ހަތިޔާރުއެޅި ބޭރު އެއްވެސް ގަައުމެއްގެ ސިފައިން ރާއްޖޭގައި ނެތް ކަމަށެވެ. އަދި ހަމަ އެފަދައިން ރާއްޖޭގެ ދިފާޢުގެ ފުލް ކޮންޓްރޯލް އޮތީ ދިވެހި ސިފައިންގެ ބާރުގެ ދަށުގައި ކަމަށެވެ.

ހުވާކުރެއްވުމާ އެކު ލަސްތަކެއްނުވެ ޖެނެރަލް ޢަބްދުއްރަޙީމަށް ރައީސް މުއިއްޒު ސިފައިންގެ ވެރިކަން ޙަވާލު ކުރެއްވިއެވެ. ޢަބްދުއްރަޙީމަކީ އިތުރުފުޅު ހައްދަވާ، މުއިއްޒުގެ ކެމްޕޭނުގައި ބުނަމުން ދިޔަފަދަ ޣައްދާރެއް ނަމަ ހުވާ ކުރެއްވުމާއެކު ސިފައިންގެ ވެރިކަން ޢަބްދުއްރަޙީމަށް ނުދެއްވާނެ ކަމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ.

އެންމެ ފަހުން ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ 77 މީހުން ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހާމަ ކޮށްފިއެވެ. މިއާއެކު ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް އޮޅުވާލި ބޮޑުކަމާއި ހެދި ދޮގާ މަކަރު މިވަނީ އަމިއްލަ އިޢުތިރާފުން ބޭޒާރުވެފައެވެ

ކުރީގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔައީ ރާއްޖޭގަައި ތިބީ ރައީސް ނަޝީދާ ރައީސް ޔާމީނުގެ ވެރިކަމުގަައި އިންޑިއާއިން ގެނައި 2 ހެލިކޮޕްޓަރާ ޑޯނިއާ މަތިންދާ ބޯޓުގެ ޕައިލެޓުންނާ ކްރޫންނާ އިންޖިނޭރުންނާ ޓެކްނީޝަނުން ކަމަށެވެ.

އަދި އެއީ ސަރަހައްދު ބެލެހެއްޓުމާ ރެސްކިއު އަދި އިންސާނީ އެހީ ފޯރުކޮށް ދިނުމުގަައި އެމްއެންޑީއެފްގެ ބޭނުންކުރާ އުޅަނދު ފަހަރު ކަމަށެވެ.

]]>
Sun, 19 Nov 2023 21:43:14 +0500 ހީރަސްނިއުސް
އިންޑިއާ ސިފައިން ނުބޭލިގެން މުއިއްޒު ބާލަށް ނުޖައްސާތި! https://heerasnews.com/2024 https://heerasnews.com/2024 ތަހުތުގައި އިށީދެވުނުތާ ސާޅީސް އަށްގަޑިއިރު އަދި ނުވެއެވެ. ކުރީން ކިޔަމުންއައި ލަވަ ބަދަލު ވާން ފެށީއެވެ. ގަހަށް ފެންނަގޮތް ތަފާތުވާން ފެށީއެވެ. ކިހަށްކާން ބޭނުންވުމުން ފެންބޮއެފާ އެއްލާލި އުނބުގަނޑު ހޮވަން ދުއްވައިގަތީއެވެ. ހަމަ ރަނގަޅަށްވެސް ޑރ. މުއިއްޒު އުނބަން ޖެހީއެވެ. 

އިންޑިއާއިން ފޮނުވި ދެ ހެލްކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރާތާ ކިތަންމެ ދުވަހެކެވެ. އެ ދެ ހެލްކޮޕްޓަރ ދުއްވުމާއި ބެލެހެއްޓުމާއި މަރާމާތު ކުރަނީ އިންޑިއާ އަސްކަރިއްޔާ އިންނެވެ. ރާއްޖެއިން އެވަރު އޮޕަރޭޝަނެއް ހިންގާ ބެލެހެއްޓުމަކީ ހަރަދާއި މަސައްކަތާއި ވަސީލަތުގެ ގޮތުން ރާއްޖެއަށް ވަރަށް ބޮޑު ބުރައަކަށް ވާނެއެވެ. އިންޑިއާކަނޑާއި ރާއްޖޭގެ ބޯޑަރަށް ފާރަވެރިވުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި ހެލްކޮޕްޓަރުގެ ބޭނުން ތެރިކަން ބޮޑުކަމުން ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސް ވުމުގެ ދަށުން ހެލްކޮޕްޓަރު ތަކެއް ރާއްޖޭގައި އޮތުމަކީ ގައުމީ ސަލާމަތަށް ލިބިގެން ދިޔަ ރައްކާތެރި ކަމެކެވެ. ސަލާމަތަށް ލިބުނު ކަށަވަރު ކަމެކެވެ. 

ހާލު ދެރަ އަވަސް ފަރުވާއަށް ބޭނުންވާ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ ސަބަބަކަށް އެ ހެލްކޮޕްޓަރުތައް ވިއެވެ. ކަނޑުމަތީގައި ގެއްލޭ މީހުންނާއި އުޅަނދުތައް ހޯދުމުގައި ހެލްކޮޕްޓަރު ތަކުގެ ބޭނުން ހިފީ ނިހާޔަތަށެވެ. ކަނޑުފޭރުމާއި ވަގަށް ހަތިޔާރާއި ޑްރަގް ކަނޑުމަތީން ބަދަލު ކުރުން ހުއްޓުވުމާއި ސަރަހައްދީ ކަނޑުން ސިއްރުން މަސްވެރިކަން ކުރުން ހުއްޓުވުމުގައި އެ ދެ ހެލްކޮޕްޓަރަކީ އޮތުން ލާޒިމު އެއްޗެކެވެ. 

ރައީސް ނަޝީދުގެ ވެރިކަމުއްސުރެ ރާއްޖޭގައި ހެލްކޮޕްޓަރުތައް އޮވެގެން ގެއްލުނު ސިޔާދަތެއް މިނިވަން ކަމެއް މިއަދާ ހަމައަށް ވެސް ނެތެވެ. އެ ވާހަކަތައް ކުރީގެ ސަރުކާރު ތަކުން ރަނގަޅަށް ކިޔާދިނެވެ. ހުއްޓާނުލާ ނޫސްތަކުގައި އޭރުވެސް އެ ވާހަކަ ޖަހަމުން އޮޅުން ފިލުވާ ދެމުން ދިޔައެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅަށް ވިއްކޭނެ އެއްޗެއް ނެތިގެން އިންޑިއާ އައުޓް ޖެއްސީއެވެ. 

ޗައިނާއިން ފަންޑް ކޮށްގެން އިންޑިއާ އާއި ދެކޮޅަށް ޗައިނާގެ އެޖެންޓުންތަކެއް ލައްވާ ޗައިނާއިން ޖެހިމަޅީގައި ޕީޕީއެމް - ޕީއެންސީ ޖެހި ހަފުސްވީއެވެ. ވެރިކަމަށް އަތުވެއްޖެނަމަ ޕީޕީއެމް - ޕީއެންސީއަށް މި ދުވަސް އަންނާނެކަން ނޭނގުނީ ވެރިކަމުގެ ދަހިވެތިކަން އޮތްލެއް ބޮޑުކަމުންނެވެ. ވެރިކަން ލިބުމުން އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ ސަބަބުން ބަލި މީހުން އުފުލުމަށް ލުއިފަސޭހަ ވެފައިވާ ކަމަށް ރައީސުް ޑޮކްޓަރ މުހައްމަދު މުއިއްޒަށް ވިދާޅުވާން މަޖުބޫރެވެ. ރައީސް މުއިއްޒު މިހާރު އެ ހުންނަވަނީ އިންޑިއާ އައުޓް ކުރައްވަން އުޅުއްވުނު މޮޔައިގައެވެ.

ބުނަން ހެއްޔެވެ. ދެން ސަކަރާތް ޖަހަން ނޫޅޭށެވެ. ޑިޕޮލަމަސީއޭ މަޝްވަރާއޭ ނުކިޔާށެވެ. ސިފައިން ގެންދާށޭ ކިޔަން ކިޔަން ނުތިބެ ކޮންމެ ބޭނުމެއްގައި ތިއްބަސް، ތިބިއްޔާ ތިބި އިންޑިއާ ސިފައިންގެ ބަޔަކުވިއްޔާ ޖެހޭނީ ބޭރު ކުރާށެވެ. ހެލްކޮޕްޓަރާއި ޑޯނިއަރ ބޯޓާއި ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން ވަގުތުން ވަގުތައް ބޭރު ކުރާށެވެ. އިންޑިއާ ސިފައިންގެ މީހަކީ ސެނެހިޔާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރަކަސް ނަރުހަކަސް ސްޕެޝަލިސްޓް ޓެކްނީޝަނަކަސް ހެވެވެ. ޖެހޭނީ އައުޓް ވާށެވެ.

ޑިޕޮލަމަސީގެ ވާހަކަ ދައްކައިގެން އިންޑިއާ ސިފައިންގެ މައްސަލައެއް ހިންދައެއް ނުލެވޭނެއެވެ. އިންޑިއާ ސިފައިންގެ އެންމެ މީހަކު ވެސް އެންމެ ހިނދުކޮޅަކަށް ވެސް ރާއްޖޭގައި ބަހައްޓައިގެން ހުރުމަކީ މުއިއްޒަށް މިހާރު އޮތް ޗޮއިސެއް ނޫނެވެ. އިންޑިއާ ސިފައިން ނުބާލައިގެން މުއިއްޒު ބާލަށް ރައްޔިތުންނަށް ނުޖައްސާށެވެ.   

]]>
Sun, 19 Nov 2023 15:30:09 +0500 ހީރަސްނިއުސް
އަންގާވެސް ނުލާ ބާލަނީ ކިހާ އިންޑިއާ ސިފައިންނެއް https://heerasnews.com/2020 https://heerasnews.com/2020 އަނެއްކާ އަނެއް ވާހަކައެވެ. ދުނިޔޭގެ އާޖުފާޖު ނޭގޭ ކުޑަކުއްޖަކު ވެސް ގަބޫލު ކުރާނީ ކުރާކަހަލަ ވާހަކައެވެ. ރާއްޖެއާއި އިންޑިއާ އާއި ދޭތެރޭގައި އޮތް ސިފައިން ބޭލުމުގެ މައްސަލައަކީ އިހުތިފާލެއްގައި ބައިވެރިވެލަން އަންނަ ވަޒީރަކު ބޮލުއަޅައިގެން ހިނގާނެ ކަމެއް ނޫނެވެ.

ކަންކަން ކުރުމުގައާއި ކަންކަމަށް އެދުމުގައި އުސޫލުތަކަކާ ހަމަތަކެއް އޮވެއެވެ. އެއްވެސް ސަރުކާރެއްގައި ކޮންމެ ކަމަކީ ކޮންމެ މީހަކާ ބެހޭ ކަމެއް ނޫނެވެ. އަމްދުން އަޝްކަރީ ކަންކަމަކީ ހިތުހުރި ގޮތަކަށް ނިންމޭނެ ކަންކަމެއް ނޫނެވެ.

އިންޑިއާގެ އާތު އެންޑް ސައިންސް މިނިސްޓަރަކީ ފޮރިން ޕޮލިސީ އާއި ޑިފެންސް ޕޮލިސީ ތަންފީޒު ކުރާމީހާއެއް ނޫނެވެ. އޭނާ ރާއްޖެއައީ އައު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލުމަށެވެ. އޭނާ އަކީ އިންޑިއާ ސިފައިންގެ މައްސަލާގައި ރާއްޖޭގެ ސަރުކާރާ މަޝްވަރާ ކުރަން ކަނޑައަޅާފައި ހުރި މީހެއް ނޫނެވެ. 

ތެދެކެވެ. ކޮންމެ މީހެއްގެ ގާތުގައިވެސް އެވާހަކަ ދެއްކި ދާނެއެވެ. އޭނާ ގާތުގައި އެވާހަކަ ދެއްކިދާނެއެވެ. ދެއްކީމާ އަޑުވެސް އަހާނެއެވެ. އެހެން ނަމަވެސް އެއިއްޔަކީ އޭނާ ފޮނުވި ބޭނުން ނޫންކަމުން އެކަމަށް ރަސްމީ އެއްވެސް ސިފައެއް ނާންނަނެއެވެ.

ރާއްޖޭގެ އައު ރައީސް މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތަށް ޒާތެއްގެ މިނިސްޓަރަކު ފޮނުވުމުން އެދިން މެސެޖަކީ ކޮބައިކަން ނޭނގޭހާ މިހާރަކު މީހުން ގަމާރެއް ނޫނެވެ. ބޮޑުވަޒީރު ނުވަތަ ފޮރިން މިނިސްޓަރު ފަދަ ކަމެއް ނިންމޭވަރު މީހަކު ނައިނައުމުން އެއްޗެއް ނުވިސްނޭ ހެއްޔެވެ. 

ރާއްޖޭގައި ތިބީ ކިހާ ސިފައިންނެއް ކަމެއް އައުސަރުކާރުން އަދި ހާމަ ކުރީއެއް ނޫނެވެ. ތިބި ސިފައިންގެ އަދަދު ރައްޔިތުންނަށް ހާމަކޮށް ނުދީ އެމީހުން ފޮނުވާލަން ރަސްމީކޮށް އެދުނީ ހެއްޔެވެ. ސިއްރުކޮށް ފޮރުވާނެ ކަމެއް ނެތް ސަރުކާރަކުން ތިބީ ކިހާ ސިފައިންކަން ބުނެނުދީ ސިފައިން ބާލަން އެދުނީމާ ތީތި ކަޑައެވެ. 

މިއަދު ރަސްމީކޮށް އެދިއްޖައީމޭ ބުނެފައި ތިބި ހުރިހާ ސިފައިން ގެންގޮސް ނިމިއްޖެއޭ މާދަމާ ބުނާށެވެ. އޭރުން އަތްޖަހާ މީހުން ބާރަށް އަތްޖަހާނެއެވެ.

]]>
Sat, 18 Nov 2023 21:47:58 +0500 ހީރަސްނިއުސް
ޔާމީނަށް މުއިއްޒު ދެއްވީ ފެންކައްކާ ބޮލީގެ އިއްޒަތް https://heerasnews.com/2017 https://heerasnews.com/2017 ބޭއްވިހާ ބައްދަލު ވުމެއްގެ ކުރީ ސަފުގެ މެދުގައި ހުސްގޮނޑިއެއް ބެހެއްޓިއެވެ. ގެންގުޅުނުހާ ފޮޓޯއެއްގައި މާސިންގާ ވަކި ފޮޓޯއެއް ހުރެއެވެ. ދެއްކިހާ ވާހަކައެއްގައި ކީ މުޅިންވެސް ވަކި އެކެއްގެ ނަމެވެ. ޕްރަމޯޓްކުރީ ވަކި މީހެއްގެ ވެރި ކަމުގައި ކޮށްފައި ހުރި ކާމިޔާބު މަސައްކަތްތަކެވެ. ރައްޔިތުންގެ ހިތުގައި ހަމްދަރުދީ އުފެއްދީ ވަކި މީހަކަށް ލިބޭ ވޭނާ ކެކުޅުންތައް އިހުސާސްކޮށްދީގެނެވެ. މިދައްކަނީ ރައީސް މުއިއްޒު ވެރިކަން ހޯއްދެވި ގޮތުގެ ވާހަކައެވެ. 

ރައީސް މުއިއްޒަށް ވެރިކަމަށް ވަޑައިގެންނެވިއްޖެއެވެ. ވެރިކަން ލިބި ވަޑައިގަތުމާއެކު ވެރިކަމަށް ވަޑައިގެން ގޮތް ހަނދުމަފުޅު ނެތިއްޖެއެވެ. ވެރިކަމުގެ ހުވާކުރެއްވި ޖަލްސާއިން އެކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެން ހިނގައްޖެއެވެ. ކެންޕޭނު ޖަލްސާތަކުގެ ކުރީސަފުގެ މެދުގައި ހުސްކޮށް ހުންނަ ގޮނޑިއެއް ނެތެވެ.

ކެންޕޭނުގައި ބޭނުން ކުރެއްވި ބޮޑު ފޮޓޯފުޅުގެ ހިޔަނިވެސް ނެތެވެ. ކެންޕޭން ކޮންމެ ޖަލްސާއެއްގައި ދެބަހުން އެއް ބަހުގައި އެނަމެއް ވިދާޅުނުވެ ވާހަކަފުޅު ނުދެއްކެވުނު ނަން ގައުމިއްޔަތުން ފުރި ބަންޑުންވި އިފްތިތާހީ ތަގުރީރުގައި ދުލުކުރިއަށް ނުވެސް އަޔެވެ. 

މިހާ އަވަހަށް ރައީސް ޔާމީނު މަތިން ރައީސް މުއިއްޒު ހަނދުމަފުޅު ނެތިއްޖެއެވެ. ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރ ފަތަފޮޅިދަށުލީ ފަތްގަޑަށް ވެސް ނުވިއެވެ. ހަރާން ހުކުމެއްގެ އަނިޔާގައި ހުންނެވި ކަމަށް ބުނާ ރައީސް ޔާމީނުގެ ޖަލު ބަންދަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ބޭނުން ކުރެއްވި ސިޔާސީ ހަތިޔާރެއްކަން ކަށަވަރުވެ ނިމިއްޖެއެވެ. 

އަސަރުން ފުރިފައިވާ މާވަރުގަދަ ތަގުރީރެއް ދެއްވުނު ކަމަށް ވެގެން އުޅުއްވިއެއް ކަމަކު ޝުކުރުވެރިވުމުގެ އަސަރުވެސް އެތަގުރީރުގައި ނެތެވެ. ޑރ. މުއިއްޒަށް ވެރިކަމަށް ވަޑައިގެންނެވުނު ގޮތެއް ހަނދުމަފުޅެއް ނެތެވެ. ރައީސް މުއިއްޒު ވެރިކަން ހޯއްދެވީ ރައީސް ޔާމީނުގެ ލެގަސީ ވިއްކަވައިގެންނެވެ. ރައީސް ޔާމީނުގެ ހިޔަންޏަށް ވެވަޑައިގެންނެވެ. ރައީސް ޔާމީނު މިނިވަން ކުރެއްވުމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެއްވައިގެންނެވެ. ރައީސް ޔާމީން ތަހައްމަލު ކުރައްވާ ދަތި އުނދަގޫ ތަކުގެ ހަމްދަރުދީއާއި ތާއީދު ޑރ. މުއިއްޒު ހޯއްދަވައިގެންނެވެ. 

ހަމަތެދެކެވެ. ވެރިކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީނުގެ ހާޒިރުގައި ރައީސް ޔާމީނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވާ ކަމަށް ވިދާޅުވި ބަސްފުޅު ރީތިކޮށް އަނގަފުޅަށް ވަދެ ނިމުނީއެވެ. ރައީސް ޔާމީނު ހުންނެވީ އަދިވެސް ބަންދުގައެވެ. ވެރިކަމަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރަސްމީ އިއްޒަތުގައި ރައީސް ޔާމީނެއް ނުގެންނެވުނެވެ. ނުގެންނެވުނުތާ ޝުކުރުގެ ބަހެއްވެސް ވިދާޅެއްނުވެވުނެވެ. ރައީސް ޔާމީނަށް ހިތްހެޔޮކަން ފާޅުކޮށް ނުލެއްވުނުތާ ވޯޓުދިން ރައްޔިތުންނަށް ޝުކުރުގެ ބަހެއްވެސް ރައްދުކޮށް ނުލެއްވުނެވެ.

ރައްޔިތުން ވޯޓުދީ ވެރިކަމަށް ޑރ. މުއިއްޒު ހޮވީ ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ދެއްވި ޔަގީންކަމުގައެވެ. އެކަން ގަބޫލުކުރައްވާ ދެއްވެން އޮތް ހުރިހާ ލުޔެއް ރައީސް ސޯލިހުވަނީ ރައީސް ޔާމީނަށް ދެއްވާފައެވެ. ގެއަށް ބަދަލު ކޮށްދެއްވާ ރަށުބަންދަށް ވެސް ބަދަލުކޮށް ދެއްވީއެވެ. އިހުތިޔާރުގެ ތެރެއިން މިނިވަން ކުރައްވާ، ދޫކޮށްލެއްވޭ ވަރުގެ ހަނި ފުރުސަތެއް އޮތްނަމަވެސް ރައީސް ސޯލިހު އެކަން ކޮށްދެއްވީހެވެ. 

ބަޔަކަށް މަންޒަރެއް ދައްކަވަން ރައީސް ޔާމީން ބަންދު މީހެއްގެ ގޮތުގައި ހުންނަވައިގެން އެކަރާމާތްތެރި ޖަލްސާއަށް ވަޑައިނުގަތީ ވަޑައިނުގަންނަވާން ވެގެންނެވެ. ފެންކައްކާ ބޮލީގެ އިއްޒަތް ހޯއްދަވާކަށް ރައީސް ޔާމީނު ބޭނުންފުޅެއް ނުވާނެއެވެ. ރައީސް ޔާމީނަކީ ބަތްކައްކާ ކުޅުއްވާ ބޭފުޅެއް ނޫނެވެ.

]]>
Sat, 18 Nov 2023 13:10:11 +0500 ހީރަސްނިއުސް
މުއިއްޒާ ދެކޮޅަށް މުޒާހަރާ ޖައްސަން ޔާމީނު ރާވަނީ! https://heerasnews.com/2012 https://heerasnews.com/2012 މަގުތައް ހަލަބޮލިކޮށް މުޒާހަރާ މޯޑަށް މާލެ ބަދަލު ކޮށްލެވޭތޯ އެމްޑީޕީގެ ހާއްޔަށް ދަނޑި ބާނާ ރުޅިއެރުވޭތޯ ޕީޕީއެމްގެ 10 ވަރަކަށް މީހުން އިއްޔެ މާލޭގައި ގަނޑެއް ގަނެފިއެވެ. ރައީސް ޞޯލިޙްގެ ގޭދޮށަށް ރައީސް ޔާމީނަށް މަރުދޭ މީހަކު އިސްވެހުރެ އޭގެ ދޮޅަހަކަށް މީހުން ގޮސް ފޮނުއަރުވައިފިއެވެ.

ބޭނުމަކީ އެމްޑީޕީ މީހުންގެ ހަތައަށް ގަޅިއުކާ ހާއްޔަށް ދަނޑިބާނައިގެން މާލޭގެ މަގުތަކަށް ނެރެ މުއިއްޒުގެ ސަރުކާރު ފެށޭ ދުވަހުވެސް ރަށުތެރެ ހަލަބޮލި ކުރުމުގެ ރޭވުމެއް ތަންފީޒު ކުރުން ކަމަށް ބެލެވެއެވެ. 

ވާހަކައެއް ބުނަމެވެ. ރައީސް ސޯލިހާ ދިމާ ކުރިއަސް އެމްޑީޕީ ނިކުންނާނީ ތިޔަކަހަލަ ގުއިރޯނެއްގައި އޮޅޭކަށް ނޫނެވެ. ތިޔައީ މުއިއްޒަށް ޕްރެޝަރ ބޮޑު ކުރަން މުއިއްޒާ ދެކޮޅަށް ތިޔަ ތަނުގެ ތެރޭން ހަލުވާ ހެލުވުމެވެ.

ޝަރުތު ހަމަނުވެ ފޯމް ގައި ދޮގު މައުލޫމާތު ހިމަނައިގެން ފްލެޓުން ކެޓި މަދު މީސްކޮޅެއް ކުރިއަށް ނެރެފައި ތިޔަހުރީ މުއިއްޒުގެ އިތުބާރެއް ނެތް ، އާސަރުކާރަށް ޝަރުތު ހަމަނުވާ މީހެކެވެ. 

އެމްޑީޕީ އެންމެ ބޮޑަށް ޗާޖް ވާނީ އަނިޔާވެރި ވީމައެވެ. އެކަމާ ދެކޮޅަށް އެމްޑީޕީ ނުކުތީމާ އަޅާނެ ބިޑިއާ ލާނެ ގޮޅިއާ ޖަހާނެ ކަރުނަ ގޭސް ހުސްވާއިރުވެސް މަގުތަށް މަތިން އެމްޑީޕީ ހުހެއް ނުކުރެވޭނެއެވެ. އަދި ފެންނަ ފެނުމަށް ޑރ މުއިއްޒަކީ ޕީޕީއެމްގެ ކުރީ ސަރުކާރުހެން އިންސާނުން ގަނޑުކޮށް ޖަލުތަކުގައި ގުދަން ކުރާނެ ވެރިއެއް ކަމަކަށް ނުބެލެވެއެވެ.

ރައީސް ޔާމީނަށް މޮޅުކޮށްދޭން މުއިއްޒު ސަރުކާރުގައި ތިޔަހެން އެމްޑީޕީ މީހުން މަގުތަކަށް ނެރެން އުޅެނިކޮށް އަތަށް ގޮވާފާނެއެވެ. ހ. ދޫވެހީގައި އެހެރަމީހާ އަނބުރާ ޖަލަށް ނުގެންގޮސް މުއިއްޒަށް ފަރު ނުޖެހޭ ވަރަށް، ދޫވެހިކައިރިއަށް ބާރުކޮށް ބޯކޮށް އެމްޑީޕީ އެއްވެ މުޒާހަރާ ކުރަންފެށީމާ މަންޒަރު މާ ރީއްޗެއް ނުވާނެއެވެ.

އަދި މިކަމުގެ ނަގާ ކިޔާމުރީދަކަށް ހުރީ ނަޞޯރާދީން ރާއްޖޭގައި ފެތުރުމަށް ބޭނުންވާ ފަތްފުއްތައް ވަގަށް ރާައްޖެ އެތެރެ ކޮށްގެން ފިޔަވަޅު އަޅާފައިވާ މީހަކަށްވާތީ މީގެ ފަހަތުގައިވާ ނުރައްކަލުގެ އަޑިއެއް ނޭނގެއެވެ.

]]>
Fri, 17 Nov 2023 00:13:04 +0500 ހީރަސްނިއުސް
ނަޝީދު ދިނީ މުއިއްޒު ވައްޓާލާނެ ކަމުގެ މެސެޖް https://heerasnews.com/2006 https://heerasnews.com/2006 2004ގައި ރާއްޖޭގައި ސިޔާސީ އިސްލާހީ ހަރަކާތް ފާޅުގައި ފެށުނީ ރައީސް މައުމޫނަށް މަޖުބޫރުވެ ވަޑައިގެން ނަމަވެސް އެ ފުރުސަތު ދެއްވީމައެވެ. އީވާން ނަސީމްގެ މަރުގެ ހަދިސާޔަށް ފަހު އެތެރެއާއި ބޭރުން ކުރިމަތިވެ ވަޑައިގެން ފިއްތުންތައް ރައީސް މައުމޫނު ފިނިކޮށްލެއްވީ އިސްލާހީ އެޖެންޑާއެއް އިއުލާނު ކުރައްވައިގެނެވެ. އެ ތާރީހު ތަކަށް ދާކަށް ނެތީމެވެ.

އިސްލާހީ އެޖެންޑާގެ ތެރެއިން ސިޔާސީ ވާހަކަ ފާޅުގައި ދެއްކުމުގެ މިނިވަންކަން ލިބުނެވެ. ހޮޅުއަށިތަކާ ޖަލްސާތަކުގައި ސިޔާސީ ފާޑު ކިޔުމަށް ދޮރު ހުޅުވުނެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ފެށުނެވެ. ސިޔާސީ ޕާޓީ ހެދުމަށް ހުއްދަ ދެވުނެވެ. އަލްފްރެސްކޯ ކޮފީމޭޒުން މިނިވަން ބަހުސްތަކުން "ތިންބާރު ވަކިކުރާ ގައު" ދޮށުން ޖުމްހޫރީ މައިދާނަށް އެއްވެ އޮގަސްޓް 12،13 އާއި ހަމައަށް ބިރު ފަހަނާއަޅާ ގޮސް ބަދަލަށް ގައުމު ފައްކާވިއެވެ. އިސްލާހީ ހަރަކާތުގެ އަމަލީ މައިދާނުގައި އިސްވެ އުޅުނީ ކޮންބައެއްކަން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އެއިގެ ގިނަ މީހުން އެތިބީ ގަދަވެ ސަލާމަތުން ދުނިޔޭގައެވެ. 

އިސްލާހީ ހަރަކާތުގެ މައިދާން ރަނގަޅަށް ގަރަނބުވެ ފައްކާވުމުން ވައިކުޑައިގާ ފުންމާލި މީހާ ފުންމާލީ ދުވަހަކުވެސް ރާއްޖޭގެ ވެރިކަން ކުރަން ބޭނުން ނުވާކަމުގެ ދޮގު ވައުދާއެކުގައެވެ. ވައިކުޑައިގައި މައިދާނަށް ފޭބި އިރު އިސްލާހީ ހަރަކާތަށް ގާނޫނީ ސިފަ އައުމާއި އެމްޑީޕީ ރަސްމީކޮށް އުފަންވުމުގެ ހުރިހާ މަރުހަލާއެއް އޮތީ ނިމި ޕާޓީ ރަޖިސްޓްރީ ކުރުމަށް ފައްކާވެފައެވެ. އެހެން ކަމުން ރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ލިބޭނެކަން އޮތީ ކަށަވަރުވެފައެވެ. އެހެން އެކަން އޮތް އިރު އެމްޑީޕީގެ ވެރިކަމެއްގައި ވެސް ވެރިކަން ނުކުރާނެ ކަމުގެ ހަތް ހުވާ މަތި މައްޗަށް އެނާ ކުރިއެވެ. މާލޭ ހުޅަނގު އުތުރު ކަނުގައި ހުރި ވެސްޓް ޕާކްގައި ބޭއްވި އެއްވުމަކުން ފެށިގެން އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގައި ވެސް ފާޅުކަން ބޮޑުކޮށް ވެރިކަން ނުކުރާނެ ކަމަށް ބުނެ ވައުދުވީ މީހަކީ އޭރުގެ އަންނިއެވެ.

އެހެނަސް ހަގީގަތަކީ އެއީ ނޫންކަން ސާފެވެ. ޕްރައިމަރީ ވަގަށް ނަގައިގެން އެމްޑީޕީ ވެރިކަމުގެ ފުރަތަމަ ރައީސް ކަމަށް އިސްވީ ވެރިކަން ނުކުރާނެ ކަމަށް ބުނި ކެނެރީގޭ މުހައްމަދު ނަޝީދު (އަންނި)އެވެ. ޑރ. ހަސަން ސައީދު ވެރިކަމަށް ގެންނަން ދައުރުގެ މެދު ތެރޭ އިންތިހާބެއް ބާއްވަދޭން ބުނި މީހާއަށް ޖެހުނީ މުނިމުނިކަވައިގެން އިސްތިއުފާ ދީފާ އިންތިހާބަކާ ނުލާ ޑރ. ވަހީދަށް ވެރިކަން ދޭށެވެ. ވަކި ގޮތަކަށް ވަކިކަމެއް ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ރައީސް ނަޝީދުވަނީ ކޮށްފައެވެ. ކުރާނެކަމަށް ބުނި ގިނަކަންކަން އޮތީ ގަސްދުގައި ނުކޮށެވެ. އެހުރިހާ ވާހަކައެއް ނުދައްކަމާ ބަހީއެވެ.

އެކަމަކު ހަނދާން އައުކޮށްލާށެވެ. ރައްޔިތުން މަޖިލީހުގެ ރައީސްކަން ބޭނުން ނެތޭވެސް ބުންޏެވެ. އެމްޑީޕީގެ ގަދަރުވެރި ދެ މެންބަރުން ލައްވާ ތަޅުވާ ހުތުރު ބަރަހަނާއަކުން ބަރަހާނާ ކުރުވުމަށްފަހު އެދެމީހުންގެ މައްޗަށް ގަދަވެގަނެ މަޖިލިސްގެ ރައީސްކަމަށް އޭނާ ސަވާރުވީއެވެ. އެ ވަގުތު އައި ކަމަށް ބުނި ގޮތް ނޭނގޭ ފޯނު ކޯލަކާ އަޅުވާފައެވެ.  

ރިޔާސީ ނިޒާމުގެ ވެރިކަމަކީ އެއްގޮތަކަށް ވެސް ކަމުދާ ކަމަކަށް އޭނާއަކަށް ނުވެއެވެ. ފޫގަޅައިގެން އުޅުނީ ބަރުލަމަނީ ގެންނާށެވެ. ޕާޓީ ޕްރައިމަރީގައި ވާދަކުރީ ބޭނުން ނޫން ރިޔާސީ ނިޒާމްގެ ރިޔާސީ ޓިކެޓަށެވެ. ޕްރައިމަރީގައި ފޭލި ވެއްޖެނަމަ އޮންނާނީ ހިމޭނުން ގޭގައި ކަމަށް ބުންޏެވެ. ބޮޑުތަނުން ޕްރައިމަރީގައި ބަލިވުމުން ނިކުތީ އެމްޑީޕީ ރޫޅާލާ އެމްޑީޕީ ވުޖޫދުން ފުހެލާށެވެ.

ކިޔާފާ ނުކިޔާނެ ވަކިކަމެއް ނެތެވެ. އެންމެ ފަހުން އެބުނީ ޑރ. މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ސިޔާސީ ކަންކަމައިގެން އެހާވަރަށް ނޫޅޭނެ ވާހަކައެވެ. ކަމެއް ނުކުރާނެކަމަށް ނަޝީދު ބުނެފިއްޔާ ކަށީގެ މަދަށް އެކަމެއް ކުރަން އޭނާ އުޅޭނެއެވެ.

ހަމަތެދެކެވެ. ޑރ. މުއިއްޒަށް ވާނީ ހުވާކުރަން ވާލަހެކެވެ. ނަޝީދުގެ ދުއްޕާން ފުލުފުލުގައި ޖެހެން ފަށާނެއެވެ. ވުޖޫދުގައި ނެތްކަންކަން އުފަންކޮށްގެން ވެސް މުއިއްޒުގެ ވެރިކަން ވައްޓާލަން ކުރެވުނުހާ ކަމެއް ކުރާނެއެވެ. ނަޝީދު އެ ދިނީ މުއިއްޒުގެ ވެރިކަމާ ދެކޮޅަށް ނިކުންނާނެ ކަމުގެ މެސެޖެވެ. ނަޝީދު ނޫން މީހަކު ވެރިކަން ކުރާތަން ދެކެން ނަޝީދަށް ހަޖަމެއް ނުވާނެއެވެ. 

]]>
Wed, 15 Nov 2023 14:04:52 +0500 ހީރަސްނިއުސް
މުއިއްޒު ނަންވާން އުޅެނީ ރައީސް ކޮލިޓީ އަކު ނޫން https://heerasnews.com/1995 https://heerasnews.com/1995 ފުރަތަމަ ކަމަކީ މުއިއްޒު އަބޫދާބީއަށް ވަޑައިގަތީ އެއްވެސް ގޮތަކުން ދިވެހި ސަރުކާރާ ޔޫއޭއީ ސަރުކާރާ ދެމެދު ހިނގި ރަސްމީ ޗެނަލުން ނޫން ކަމެވެ. ކުރުކޮށް ބުނާ ނަމަ އެއީ މިދެގައުމުގެ ސަރުކާރު ދެނަހުރި ދަތުރެއް ނޫނެވެ.

ރާއްޖޭގެ ރައީސް ކަމަށް ހޮވިފައިހުރި މީހަކު ބަލާ ޔޫއޭއީގެ ރޯޔަލް ފެމެލީއަށް ނިސްބަތްވާ ވިޔަފާރިވެރި މަހުޖަނަކު ޖެޓެއް ފޮނުވުމަކީ މި ދެ ގައުމުގެ ސަރުކާރުން ނިންމާ ރަސްމީ ކަންކަން ކަމުގައެއް  ފުޅަލި ބިއްދޮށުން ހިންގާ ކަންކަމާ ދައްކާ ވާހަކައާ ހަދާ ޑީލްތަކާ ވާ އެއްބަސްވުން އެއީ އެކަން ކުރާ ބައެއްގެ އަމިއްލަ މަންފާއާ ގުޅޭ ކަންކަމެވެ.

ވެލާނާ އާޓަރމިނަލް ނިންމަން 100 ނޫނީ 80 މިލިއަން ޑޮލަރު ހޯދުމުގެ ވާހަކަ ހިނގާފައި އޮތީ ރައީސް ސޯލިޙްގެ ވެރިކަމުގައި ރަސްމީ ގޮތުން ދެ ސަރުކާރުގެ ދެމެދުގައެވެ. އަމިއްލަ ގޮތުން ޖެޓް ފޮނުވައިގެން މުޢިއްޒު ޔޫއޭއީ އަށް ގެންދިޔަ ރޯޔަލް މަހުޖަނަކީ އެ ގައުމުގެ ސަރުކާރުން މިކަމާ އުޅެން ހުރި ބޭފުޅާ ކަމަށް ވުމަކީ ފަރުދާގެ އަނެއް ފަރާތެވެ. ތިޔަ ދެބޭފުުން ދެއްކި ވާހަކަ އާއި  އެއްބަސްވި ގޮތާ މާތް ރަސްކަލާނގެއާ ވަކީލެވެ.

ދެ ސަރުކާރެއްގެ ދެމެދުގައި ކަން ހިނގަނީ ކުއްލިއަކަށް ބައްދަލު ވެގެން އަނގަބަހުން އެކަކު އެއްޗެއް ބުނެލާ އިރަށް އަނެކަކު އެއަށް  އެއްބަސް ވީމާ އެކަން ނިމޭ ގޮތަކަށް ނޫނެވެ.

އެކަމަކު މުއިއްޒު ކްރެޑިޓް ނަންގަވަން ވެގެން އަވަސް އަރުވާލާފައި ތިޔަ ވިދާޅުވީ ތިމަން މަނިކުފާނު އަނގައިގާ އެއްކޮޅު އޮއްވާ އެކަން ހަމަޖެހުނު ވާހަކައެވެ. ދަންނާށެވެ.! ހުވާ ނުކުރާ ރައީސަކީ ގާނޫނީ ގޮތުން ރައީސެއް ނޫނެވެ. ހުވާ ނުކޮށް ކުރާނީ އަމިއްލަ މަސައްކަތެވެ. އިންތިގާލީ މަރުހަލާ އަކީ ވެރިކަން ކުރުމެއް ވެސް ނޫނެވެ. 

މުއިއްޒެވެ. މޮޓޮކޭޑްގައި ބޮކި ދިއްލައިގެން ހުވާނުކުރެވެނީސް ގޭކައިރީގައި މިސްކިތް ހުއްޓާ މާދުރު މިސްކިތް ތަކަށް ފަތިސް ނަމާދަށް ނުދުއްވިޔަކަސް ތިޔައީ އީމާންތެރި ވެރިއެއްކަން ދެއްކިދާނެ އެވެ. ކަންދެއްކުމާ ކަންކަމުން ނާޖާއިޒު ކްރެޑިޓް ނަގަން އުޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ކޮލިޓީ އެއް ނޫނެވެ. 

" އާޓަރމިނަލް އަށް ބޭނުންވާ ފައިސާގެ ކަންކަމާ ގުޅޭ ގޮތުން ރައީސް ޞޯލިޙް ސަރުކާރުގައި މަޝްވަރާ ކުރެވި އޮތީ އެއްބަސްވެފައި މި ފަހަރު އަޅުގަނޑު ޔޫއޭއީއަށް މިކުރި ދަތުރުން އެބޭފުޅުންގެ ފަރާތުން ދެއްވި ޔަގީން ކަމަކީ ހަމަޖެހިފައިވާ ގޮތަށް އެކަން ހިނގާނެ ކަން." މިހެން ވިދާޅުވިނަމަ ތިޔައީ ބަސްތެދު ވެރިއަކަށް ވީހެވެ. 

ތެދުވެރި އިޚްލާޞްތެރި ހުވާގެ މަތީގައި ދެމިހުންނަވާ އީމާންތެރި ވެރިންގެ ބަހާ ޢަމަލު ހުންނަން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ކޮލިޓީ ގައެވެ. ހުވާ ނުކުރެވެނީސް ތިޔައީ ފުކެއް ބޮޑުވަރެވެ. ހަފްތާއެއް ތެރޭ ބޭރުކުރަން ބުނި އިންޑިއާ ސިފައިންގެ ވާހަކައިގެ ރާގު ބަދަލުކޮށް އިންޑިއާ އަކީ މާގާތް ގައުމަކަށް ހަދަތްޕެވެ. އަދި ދައުރު ނިމެންދެން މަޝްވަރާ ކުރަންޖެހޭ ކަމަކަށް އެކަން ވެއްޖެއެވެ. 

މީހަކު އެއްޗެއް ބުނާ އިރަށް އެއީ ތެދުކަމަށް ބަލައިގެން ވަޖިދު ވިޔަކަސް އަދި ނުފުދޭނެއެވެ. ދިވެހިރައްޔިތުން ދަސްކުރަންވީ ކަމަކީ މޮޅު ވާހަކަތަކާ ދީނާ ގައުމާ ހައްގުތަކާ އިންސާފޭ ކިޔައިގެން ސިޔާސީ މީހުން އެދައްކާ ހުރިހާ ވާހަކައެއް އެ ދައްކަނީ ވެސް ކަލޭމެން ހައްލައިގެން ވޯޓު ހޯދައިގެން ވެރިކަމަށް އައުމަށް ކަމަށެވެ.

]]>
Mon, 13 Nov 2023 00:05:14 +0500 ހީރަސްނިއުސް
ނަޝީދުގެ ނުލަފާކަމާ ޖެހުމުން މަޖިލީހެއް ކޯޓެއް ނޯންނާނެ! https://heerasnews.com/1976 https://heerasnews.com/1976 ހިނގަމުންދާ މައްސަލައެއްގެ ތެރެއަށް އެހެން ބަޔަކު ތަދައްހުލު ވަނީ އެކަމެއްގައި އެބައެއްގެ މަސްލަހަތު އޮތް ނަމައެވެ. އެ މައްސަލައެއް ނިމޭގޮތަކުން އެބަޔަކަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ވެދާނެ ކަމަށްޓަކައެވެ. އެމްޑީޕީ މިހާރު ސްޕްރީމްކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައަކީ ދައުލަތުގެ އެއްބާރު ވަކި ދެމީހެއްގެ އަމިއްލަ މަސްލަހަތުގައި އޮބި އަޅުވާ ކޮށި އަރުވަލައިގެން އުޅޭތީ އެކަމަށް ހައްލެއް ހޯދުމަށް ހުށައަޅައިގެން އުޅޭ މައްސަލައެކެވެ. 

މައްސަލައިގެ ތެރެއަށް ޕީޕީއެމް-ޕީއެންސީން ވަނީ ވަދެއެވެ. އެކަމުގައި އެދެޕާޓީގެ މަސްލަހަތު އޮވެގެންނެވެ. އިންތިހާބީ ރައީސް ހުވާކުރުމާއި އައު ސަރުކާރުގެ ކެބިނެޓް އެޕްރޫވް ކުރުމާ ރައްޔިތުންގެ މަޖިލީސް ހުއްޓުމާ ގުޅުން އޮތީމައެވެ. އެއީ ރަނގަޅު ނިންމުމެކެވެ. 

އެހެން ނަމަވެސް އެމްޑީޕީން ހުށަހަޅައިގެން ސްޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައިގެ ތެރެއަށް ޑިމޮކްރެޓްސް ފާވާންޖެހޭ މަސްލަހަތެއް އަސްލުގައި ނެތެވެ. މަޖިލިސް ހުއްޓިގެން އާއްމުކޮށް އެންމެންނަށް ވާގޮތެއް ނޫނީ ޑިމޮކްރެޓިކްސް އަކަށް ނުވާނެއެވެ. ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ދަ ޑިމޮކްރެޓްސްއަށް ލިބޭނެ ގެއްލުމެއް ނެތެވެ. އެހެން ނޫނަސް ދަ ޑިމޮކްރޭޓްސް ގެ ރޫހު މިހާތަނަށް ވެސް ހުރީ އިތުބާރު ގެއްލިފައިވާ ރައީސަކު ބަހައްޓައިގެން 19 ވަނަ ރައްޔިތުގެ މަޖިލީހުގެ އުމުރު ހަމަކުރާށެވެ. 

މަޖިލީހުގެ ރައީސް ކަމުގައި ހުރި ނަޝީދަކަށް މަޖިލީހުގެ 47 މެންބަރުން މިހާރަކު އިތުބާރެއް ނުކުރެވެއެވެ. އެކަން ލިޔެ ސޮއިކޮށް މަޖިލީހަށް އެއޮތީ ކަށަވަރު ކޮށްދީފައެވެ. އެ ހުށަހެޅުން ހުށަހެޅުމުން އުސޫލާ އެއްގޮތަށް ނަޝިދަށް އިތުބާރު އޮތްތޯ ނެތްތޯ ވޯޓަށް އަހައިގެން އެކަން ނިންމާކަށް އެއްވެސް ހުރަހެއް އެއް އިރަކުވެސް ނެތެވެ. ރީތި ގޮތުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ކުރެވެން އޮތްކަމެއް ކުރިޔަ ނުދީ މަޖިލީސް ހުއްޓުވާލައިގެން އުޅެނީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެގަނެގެން އުޅޭ ނަޝީދާއި އީވާއެވެ. އެކި ފަހަރު އެކި ހަމަ އަޅުވައިގެން މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން އުޅެނީ ދަ ޑިމޮކްރެޓްސްގެ އެ ދެމީހުންނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް މަޖިލީހުގެ ރިޔާސަތުން މުހައްމަދު ނަޝީދު ބޭރުނުކޮށް ވާން އޮތް ގޮތެއް ހަދަން ދަ ޑިމޮކްރެޓްސްއަށް ނިސްބަތް ވެގަނެގެން ތިބި މަޖިލިސް މެންބަރުންކޮޅު ވެސް އެތިބެނީ މޮޔަވެފައެވެ. 

އެމްޑީޕީން މިހާރު ސްޕްރީމްކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައިގެ ތެރެއަށް ދަ ޑިމޮކްރެޓްސް ފާވީވެސް ޝަރުއީ މަޖިލިސް ހަރާބުކޮށް ވަގުތު ދަންމާލުމަށެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން މައްސަލަ ނިމުނަ ނުދީ ލަސްކޮށް ދެންމުމަށެވެ. މިއަދު ސްޕްރީމް ކޯޓުގައި އެދިޔައީ އޭގެ އެއް އެޕިސޯޑެވެ. ރަނގަޅަށް ތައްޔާރު ނުވެވިގެންނޭ ބުނެ ވަގުތުތަކެއް ބޭކާރު ކޮށްލުވީއެވެ. ސްޕްރީމް ކޯޓުން ހުކުމެއް ނެރުން ވީހާވެސް ފަސްކުރަން މާދަމާ ދައްކަނީ މުޅިން އެހެން ބަހަނާއެކެވެ. ހަމަ ތެދެކެވެ. ރާއްޖޭގެ ޕާލަމަންޓްގެ ހުރުމަތް ކަނޑާ ހިސޯރުކޮށް ވާގި ނައްތާލުމަށްފަހު މިހާރު ދިމާކޮށްފައި އެތިބީ ސްޕްރީމް ކޯޓުގެ ހުރުމަތް ކަނޑާ ކޯޓުތަކުގެ ވާގި ދުއްވާލުމަށެވެ. 

ދަ ޑިކޮކްރެޓްސްގެ ބަހަނާ ތަކުން އަރައިގަނެ ސްޕްރީމް ކޯޓުން ނެރެވޭ އަމުރަކީ ނުވަތަ ކުރާ ހުކުމަކީ މުހައްމަދު ނަޝީދަށް ފަހިނޫން އެއްޗަކަށް ވެއްޖެނަމަ އެ އަމުރެއް ނުވަތަ އެ އަމުރެއް ތަންފީޒު ކުރުމަކީ މަޖިލީހުގައި ކުޅަދާނަ ވެގެންވާނެ ކަމެއް ނޫނެވެ. ލަސްކޮށް ފަސްކުރުމާ ނިޒާމު ގެއްލުވާލުމާއި މިހުރީ ހިންގާނެ ކަންކަމެވެ. 

މަޖިލީހުގެ ރައީސް ކަމަށް ސަވާރުވެ އިން މުހައްމަދު ނަޝީދުގެ އިތުބާރާ ގުޅޭ ވޯޓެއް ނެގުމަކީ މުޅި މަޖިލީހުގެ 47 މެންބަރުން ކިއްކުރަން ހެއްޔެވެ. ނަޝީދާއި އީވާއާ ނޫން މަޖިލީހުގެ އެހެން ހުރިހާ މެންބަރުން ބޭނުން ވިޔަސް ކުރެވޭނެ ކަމެއް ނޫނެވެ. ނަޝީދުގެ ނުބައި ނުލަފާކަމާ ޖެހުމުން ރައީސުލްޖުމަހޫރިއްޔާއެއް މަޖިލީހެއް ސްޕްރީމް ކޯޓެއް ނޯވެއެވެ. 

]]>
Mon, 06 Nov 2023 15:52:42 +0500 ހީރަސްނިއުސް
ޔާމީނަށް ޖަލުގޮޅި ކަށަވަރުކޮށްދީ ޕީއެންސީ ހަމައިސްކޮޅަށް ދެމިލާނެ! https://heerasnews.com/1971 https://heerasnews.com/1971

ޕީޕީއެމް- ޕީއެންސީ ބައިބައި ކުރާނީ އެހެން ބައެއް ނޫނެވެ. އެމީހުން ބައިބައިވަނީ އަމިއްލައަށެވެ. ޕީޕީއެމް-ޕީއެންސީގެ ތެރޭގައި ބައިބައިވުން ނެތްކަން ދައްކަން ކިތަންމެ ވަރަށް އުޅުނަސް އެކަން ނިކަން ރަނގަޅަށް ފެންނަން އެބަ ހުއްޓެވެ. ދިވެހިންނަކީ އަދުރޭމެން ހީކުރާ ކަހަލަ ވާނުވާ ނޭނގޭ މޮޔައިންނެއް ނޫނެވެ. 

ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމުން ޕީޕީއެމް - ޕީއެންސީ އަކީ އެއްބައެއް ކަމަށް ދައްކަން އަދުރޭމެން އުޅުނަސް އެކަން އޮތީ އެހެން ނޫންކަން އެނގެއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބަށް ޕްރޮގްރެސިވް ކޯލިޝަން ދޮންކުރަމުން އައިއިރު ކަންކަން ހިނގިގޮތާއި އިންތިހާބު ތެރޭގައި ކަންކަން ވީގޮތާއި އިންތިހާބަށްފަހު ކަންކަން ވަމުން ދާގޮތުން ޕީޕީއެމް - ޕީއެންސީ ބައިބައިވަމުންދާ މިންވަރު ވަޒަން ކޮށްލެވޭނެއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓަކީ ޔާމީނުގެ މިލްކެކެވެ. ޔާމީނު އަތުން ޓިކެޓް އަތުލައިގަންނަން މުއިއްޒު އުޅުއްވާ ކަމުގެ ތުހުމަތުގައި ފިޔަވަޅު އަޅާކޮމެޓީގައި މައްސަލަ ފައިލްކޮށް މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމުގެ ތުހުމަތުގައި މީސްމީހުން ޕާޓީން ވަކިކުރާ ހިސާބަށް ދުއްވާލިއެވެ. މުއިއްޒުގެ ގާއިމް މަގާމު މާލެސިޓީ ކައުންސިލްގެ މެންބަރު އާދަމް ރަމީޒު އެހުރީ އެކަމުގެ ދިރިހުރި މިސާލެވެ. 

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަން އެނގިތިބެ އެހެން މީހަކަށް ޓިކެޓް ނުދީ ހިފަހައްޓަ ހިފަހައްޓާ އޮއްވާ މުއިއްޒު ޓިކެޓް ހޯދީ ޕާޓީ ބަދަލުކޮށްގެން ހިންގި އެތެޜޭގެ ހިމޭން ބަގާވާތަކުންނެވެ. ޔާމީނު ސިފަކުރާ ޒާތުގެ މިނިކާ ބާޒަކަށް ލީޑަރޝިޕް ދިނުމަށްވުރެ ޔާމީނަށް މުހިންމުވީ އިންތިހާބު ބޮއިކޮޓް ކުރުމެވެ. ޔާމީނު ބަންދުގައި ހުރި ހުރުމުގެ ފައިދާ ނަގައިގެން ޔާމީނުގެ ބޮޑު ފޮޓޯގަނޑެއްގެ ނިވަލުގައި ހުރެގެން މުއިއްޒު ވެރިކަމަށް އިންތިހާބުވީ ރިޔާސަތުން ޕީޕީއެމް ބާކީކޮށްގެންނެވެ. 

ރާއްޖޭގެ އިންތިހާބީ ރައީސާއި ނައިބު ރައީސަކީ ޕީޕީއެމް ބައެއް ނޫނެވެ. ދެން ރާއްޖޭގެ ވެރިކަން އޮންނާނީ ޕީއެންސީގައެވެ. ޕްރޮގްރެސިވް ކޯލިޝަނަކީ ޔާމީނަށް ވެރިކަން ހޯދާދޭން މަސައްކަތްކުރި ކޯލިޝަނެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރަކީ ޔާމީނެވެ. މުއިއްޒެއް ނޫނެވެ. 

ރާއްޖޭގެ ރިޔާސަތަށް ރައްޔިތުން ޕީއެންސީ ހޮވުމުން ޕީއެންސީގެ ރައީސްކަމަށް މުއިއްޒު އިސްކޮށްފިއެވެ. ވެރިކަމަށް ތާއީދު ހޯދަން ޕީޕީއެމްގެ ބޭނުން ކިތަންމެ ބޮޑަށް ހިފިޔަސް ވެރިކަމުގެ ރިޔާސަތުގައި ޕީޕީއެމްގެ ހިއްސާއެއް ނެތެވެ. ޕީޕީއެމްގެ ރައީސް ބުނާހާ ގޮތަކަށް ރައީސް ކަމުގައި ހުރެ މުއިއްޒު ކަންތައް ކުރާކަށް ވެސް ނުޖެހެއެވެ. 

ޔާމީނު ދޫކޮށްލަން ގޮވާލާ މަގުމައްޗަށް ނުނިކުތުމަށް މުއިއްޒު އެދުނުތާ ހިދުކޮޅެއްގެ ތެރޭގައި ޔާމީނު ބުނެގެން ޔާމީނު ދޫކޮށްލަން ގޮވާލާ މަގުމައްޗަށް މީހުން ނެރުނީ ބައިބައިވުމުގެ ކަންފުޅެއްވެސް ނެތީމާ ހެއްޔެވެ. ޕީޕީއެމް އޮފީހުގައި ޔާމީނު ބޭއްވި ސިޔާސީ އެއްވުމުގައި ޕްރޮގްރެސިވް ކޯލީޝަންގެ އިސް މީހުން ނެތީ އިއްތިފާގަކުން ނޫނެވެ. ޔާމީނު ބަންދުގައި ހުރެ ސިޔާސީ މަސައްކަތް ނުކުރުމަށް ސަރުކާރުން އެންގުމުން އެކަމާ ކޯލީޝަނުން ދެކޮޅު ނުހެދީ ގައިމު ބައިބައިވުމެއް ހުރެގެންތާއެވެ. 

ގެއްލުނު ކަމަށް ބުނާ ކަނޑު މުއިއްޒުގެ ވެރިކަމުގައި ހޯދާދިނުމަށާއި ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ޔާމީނު މުހުލަތު ދިނުމުން މުއިއްޒު ފޭލިކޮށްލަން ޔާމީނު ބޭނުން ވާވަރު ސާފެވެ. މުއިއްޒު ރައީސްކަމުގެ ހުވާކޮށް ވަޒީރުންގެ މަޖިލިސް އެކުލަވާލުމުން އައު ސަރުކާރުގައި ރެނދުލާ ދިމަދިމާ އާއްމުންގެ ލޯތަކަށް ވެސް ފެންނަން ފަށާނެއެވެ. މަޖިލިސް އިންތިހާބުގެ ޕްރައިމަރީތަކާ ހަމައިން ދެޕަޓީން މަށަށް މަށަށް ގޮވާތަން ބަލަން ތިބޭނަމެވެ. މަޖިލިސް އިންތިހާބު ނިމިގެން ދާއިރު ޕްރޮރެސިވް ކޯލިޝަން ރޫޅި ޔާމީނާއެކު ޕީޕީއެމް ކުޑަވެ ބާކީވެ ދާނެއެވެ. މުއިއްޒު ހުވާކުރުމަށް ފަހު މަޖިލީހުގެ އިންތިހާބުގެ ކަންކަން ދާގޮތަކުން ޔާމީނަށް އަނެއްކާވެސް ޖަލުގޮޅި ކަށަވަރުވެ ޕީއެންސީ ހަމަ އިސްކޮޅަށް ދެމިލާ އާނދޮގޭ ބުނާ އަޑު އިވުން ދާދި ކައިރިވެއްޖެއެވެ.   

]]>
Sat, 04 Nov 2023 14:32:44 +0500 ހީރަސްނިއުސް
މެންބަރ ޝިޔާމަށް: ދަރަންޏާމެދު މުއިއްޒުގެ ހާސްކަމެއްނެތް https://heerasnews.com/1956 https://heerasnews.com/1956 ގައުމުގެ ދަރަނި އޮތީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިޔަސް އިންތިހާބީ ރައީސް އެކަމާ ކަންބޮޑުވެ ވަޑައިގެން އުޅުއްވާތީއެއް ނުފެނެއެވެ. ހާއްސަކޮށް ބޭރުގެ ދަރަނި އޮތީ އިންތިހާ އަށް މައްޗަށް ގޮސްފައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިޔަސް އެކަމުގެ ކަންބޮޑުވެ ވަޑައިގަތުމެއް އިންތިހާބީ ރައީސްގެ ނެތެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ދައުލަތުގެ ދަރަނި ބޮޑުވުން ކަމަށް ޝިޔާމަށް ހީފުޅު ވަނީ ތާއެވެ. ރައީސް ކަމަށް ޑރ. މުއިއްޒު އިންތިހާބުވެ ވަޑައިގަތުމަށް ފަހު އެ މަނިކުފާނު ދައްކަވާ ވާހަކަފުޅު ތަކުންނާއި ކުރައްވަން އުޅުއްވާ ކަންކަމުން ދަރަނީގެ ކަންބޮޑުވެ ވަޑައިގަތުމެއް އެ މަނިކުފާނުގެ ނެތޭ ދެންނެވި ދާނެއެވެ. 

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ވެވަޑައިގެންނެވި އަތްގުޅިނުކާ ބޮޑެތި ވައުދުތައް ފުއްދެވުމަށް ބިލިޔަން ބިލިޔަނުން ހިގާނެ ހަރަދުގެ ވާހަކަ ދައްކަން ފަށައިފިއްޔާ ދުނިޔެއަށް ނައިނަމައޭ ހިތަށް އަރާހާވާނެއެވެ. ހިލޭ ކޮށްދެއްވަން ވައުދުވި ހިދުމަތްތަކާއި ބޮޑުކޮށް ދެއްވަން ވިދާޅުވި މުސާރަތާކާއި ގާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ހިދުމަތް ތަކާއި ލުއިފަސޭހަ ތަކުގެ ވާހަކަ އިހަށް ނުދައްކަމާ ހިނގާށެވެ. 

ޝިޔާމޫ ދަންނަވަންތޯއެވެ. ޑރ. މުއިއްޒަށް ވެރިކަމުގެ ގާނޫނީ ހުވާކޮށްލެއްވެން ވެސް އޮތީ 22.9 މިލިޔަން ރުފިޔާ ހަރަދު ކުރައްވައިގެނެވެ. އެއީ ހަމަ އެކަނި ހުވާކޮށް ލެއްވުމަށްޓަކާ ހޭދަކޮށްލައްވާ ކުޑަމިންވަރެކެވެ. އެ ވާހަކަވެސް ބާއްވަމާ ހެއްޔެވެ. 

މިހާރު އެހުންނެވީ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވެ. ތާއީދު ހޯއްދަވަން އިތުރު ވައުދުތަކާ އަހުދުތައް ވެވަޑައިގަންނަވަން މިހާރު ޖެހި ވަޑައިގަންނަވާނީއެއް ނޫނެވެ. ދައުލަތުން އިތުރު ހަރަދުތައް ހިނގާނެ ކަންކަމުގެ ވާހަކަފުޅުތައް ދެއްކެވުމުގެ ބޭނުމެއް ނުއޮންނާނެ ނޫންތޯއެވެ. އެކަމަކު ހަލުވިކޮށް ފަހަފާ ހުރި ފަހާ ފޮއްޓެއްގެ ދަތްގަނޑެކޭ އަދިވެސް ތަފާތެއް ނެތެވެ. 

މާލެ ސަރަހައްދުގެ ކަރަންޓްގެ ހަރަދު ކުޑަ ކުރުމަށްޓަކާ ވޯލްޑް ބޭންކުން ހޭދަކޮށްގެން މާލެ- ހުޅުމާލެ ހައިވޭގެ އަރިމަތީގައި ގާއިމުކޮށް ނިމުމަކަށް ގޮސްފައިވާ ސޯލަރ އެނަރޖީ މެގަ ޕްރޮޖެކްޓް އެތަނުން ނަންގަވާނެ ކަމަށް ވިދާޅުވެއްޖެއެވެ. ހައިވޭގެ ވިއު ރީތިވުން ނޫން އެހެން މަގްސަދެއް ބަދަލުކުރުމުގައި ނެތް އެ ޕްރޮޖެކްޓް އެހެން ރަށަކަށް ނުވަތަ ދެރަށަކަށް ބަދަލު ކުރުމަކީ ކުޑަކުޑަ ހަރަދެއް ހެއްޔެވެ. ދަރަންޏާ މެދު ކުޑަކޮށްވެސް ކަންބޮޑުވެ ވަޑައިގަތުމެއް އޮތްނަމަ ނިމުމަކަށް ގޮސްފައިވާ އެވަރުގެ ބޮޑެތި ޕްރޮޖެކްޓް އެފުށް މިފުށަށް ޖައްސަވާ ލުމަކަށް ނުވިސްނެވީހެވެ. 

އެހާ ވަރުން ދަންޏާ އަމީނީ މަގުގެ ތާރުގަނޑުނަގާ އަލުން އެމަގަށް ތާރު އަޅަން ފަހަކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ތިލަމާލެ ބުރިޖު އޮތް ހިސާބުން ހުއްޓުވާ ފުށިދިއްގަރު ފަޅަށް ބުރިޖު އަނބުރާ ނުލާނެ ކަމެއްވެސް ނޭނގެއެވެ. ކުރާ ކޮންމެ ކަމެއް ދެފަހަރަށް ކުރުމުގެ އާދަ ކަށީގައި ހަރުލާފައި ހުންނަކަމުގެ ވާހަކައަކީ ދިވެހިންގެ މެދުގައި ނިކަން މަޝްހޫރު ވާހަކައެކެވެ. މުއިއްޒުގެ ވެރިކަމެއްގައި ކުރާކަންކަން މުއިއްޒުވުން އަދި މާ ގިނަ ވާނެތާއެވެ.  

]]>
Mon, 30 Oct 2023 18:11:58 +0500 ހީރަސްނިއުސް
ޑރ. ޝަހީދު އުޅެނީ ޖާހިލިއްޔަ ޒަމާނުގަ https://heerasnews.com/1937 https://heerasnews.com/1937 ލިޔާ ލިއުން ތަކާއި ދައްކާ ވާހަކަ ތަކުގައި ކުރީޒަމާނުގެ އިންސާނުންގެ ޖާހިލުކަމާ ތަންދޮރު ނުދަންނަ ވާހަަކަ ދައްކާ ލައްކަ މޮޅެތީން މި ޒަމާނުގައި ފެނެއެވެ. 

އިލްމާއި ހުނަރާއި އީޖާދުތަކުން ފަޚްރުވެރިވެ، ނަމުގެ ކުރިއަށް އެކި ލަގަބުތައް ލައިގެން އިހުމީހުނަށް ކުޑަމީސް ބަސްތައް ބުނާ އަޑު ނިކަން ގިނައިން އިވެއެވެ. އެ މީހުންގެ ބުއްދީގެ ކޮށިކަމާ ދުނިޔެވީ ހަމަ ތަކާއި އަޚްލާގާއި ސުލޫކު ނެތް ވާހަކަ ތަކެވެ. މިއަދުގެ ތިމާމެންގެ ކުރިއެރުމާއި ތަހްޒީބާއި ރީތި އުޅުމާއި ގުޅުމާއި އަޚްލާޤްގެ މަތިވެރި ކަމުން މަތިހަށި ނަގައިގެން ތިބެ ކަނޑާ ބައިސާއެވެ.

އެންމެ ކުރިއަރާފައި ތިބި މީހުން ކަމަށް ދައުވާ ކުރަނީ ބައެއްގެ ބިންތައް ފޭރިގަނެ، އެ މީހުން ގަދަ ކަމުން ގެދޮރުން ނެރެ ބުލްޑޯޒަރު ތަކުން އެ މީހުންގެ ގެދޮރު ސުންނާފަތި ކުރަމުން އެ ކަމަށް ހިތްވަރުދީ އަތްޖަހާ އުފާ ފާޅު ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އެންމެ މުއްސަނދި ގައުމު ތަކުގެ އިސްސަފަށް ސަވާރުވެގެން ތިބެ އިންސާނީ ގަދަރާ ކަރާމާތް ނަގަހައްޓާ ބަޔަކީ ތިމާމެން ކަމަށް ހެދިގެންނެވެ. 

ދުނިޔޭގެ އެހެން ގައުމު ތަކުގައި ޑިމޮކްރަސީއާ އިންސާނީ ހައްގުނެތިގެން ފިޔަވަޅު އަޅާ ގަރާރު ފާސްކުރަނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ އަންހެނުންނާ ކުޑަކުދިން ދިރިތިއްބާ "ރޮލާ ކައިގެން" އަތް ނުދޮވެ ތިބެއެވެ.

އެންޓި ސެމެޓިޒަމް ނުވަތަ ޔަހޫދީންނަށް ކުރާ ނަފްރަތާ ދެކޮޅު ހަދާ ވަރުވަރުގެ މީހުންގެ ތެރޭން ވެސް އަރާހުރި މީހަކީ ދިވެެއްސެކޭ ބުނާތީ ލަދު ގަނެއެވެ. ނަމުގެ ކުރިއަށް ކިޔަން އުޅެ ވައިގައި ނުހިފި ޕްރޮފެސަރ އަހްމަދު ޝަހީދަކީ ޑރ. ޖަނާޒާގެ ނަމުން ގިނަ ދިވެހިން ދެނެގަތް މީހެކެވެ. ފަހުގެ ތާރީޚުގައި ދިވެހިންނަށް މިނިވަންކަން ލިބެން އުޅުނު ވަގުތު އެކަމާ ދެކޮޅަށް ތަންޑުކުރު ދެފަލިން ފަލިޖަހަން ނުކުތް އެކަކީ އަހްމަދު ޝަހީދެވެ. 

އެމްޑީޕީ ރަނގަޅަށް ވުޖޫދު ވިޔަ ނުދީ އެ ޕާޓީގެ ޖަނާޒާ އިޢުލާން ކުރަން މައުމޫން ސަރުކާރުގެ ކުރީ ސަފަށް ނުކުތް މީހަކީ ޝަހީދެވެ.

ފަލަސްތީނު މީހުންގެ ހައްގުތައް ފައިދަށުލީ މީހުންގެ ދިފާޢުގައި އެހުރީ އޭނާއެވެ. އދ ގެ ސްޕެޝަލް ރެޕަޓުއާ އަށވުރެ  ބޮޑަށް ކުރަނީ ހުޅަނގުގެ ޕަޕެޓުއާ އެއްގެ މަސައްކަތެވެ.

ދިވެހިން ދިވެއްސަކަށް ވީތީ ފަޚްރުވެރި ވިޔަސް އަހްމަދު ޝަހީދަކީ ދިވެއްސެކޭ ބުނާތީ ދިވެހިން މިއަދު ލަދު ގަނެއެވެ.

ޓްވީޓް ކޮށްގެން ޝަހީދު ދެން ރާއްޖޭގެ ކަންކަމާ ބަސްކިޔަން ނުހަދާށެވެ. ތިޔައީ ތިމާގެ ވަޒަނުގެ އަހުލުވެރިންގެ އިހްސާސް ތަކަށް ހިތުގައި ކުޑަވެސް ކަންފުޅެއް ނެތް ކަރަންޓުން ހިންގާ މަޢުދަނީ މެޝިނެކޭ ދިވެހިންނަށް ތަފާތެއް ނެތެވެ.

]]>
Mon, 23 Oct 2023 09:40:44 +0500 ހީރަސްނިއުސް
ޗާގޯސާއި ކަނޑު ވާހަކަ ޖަމަލު ފޮޑިއަށްވެގެން ނިމުނީ https://heerasnews.com/1935 https://heerasnews.com/1935 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރާ ދެކޮޅަށް ދެއްކި އެއް ވާހަކައަކީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ވާހަކައެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ދޫކޮށްލި ވާހަކައެވެ. އިންޑިއާގެ މަސްލަހަތުގައި މަދު ފައިސާކޮޅަކަށް މޮރިޝަސްއަށް އިގްތިސޯދީ ސަރަހައްދުން ބޮޑުބައެއް ގާނޫނު އަސާސީއާއި ހިލާފަށް ދޫކޮށްލި ވާހަކައެވެ. އެ ވާހަކަ ތަކުގެ ތަފްސީލަށް ދާކަށް ނެތީމެވެ. 

އިގްތިސޯދީ ސަރަހައްދުގެ މައްސަލާގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާކަމަށް ސަރުކާރުން ބުނަމުން ދިޔައެވެ. ރައްޔިތުންނަށް ދެރަވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއް ވެސް ދޫކޮށް ނުލާކަމަށް ސަރުކާރުން ބުނަމުން އައެވެ. އިގްތިސާދީ އިމުގެ މައްސަލަ ހަމަޖެއްސުމުގައި އަމަލު ކުރެވުނު ހުރިހާ ގޮތެއް އަކުރުން އަކުރަށް ސަރުކާރުން ފާޅުކަން ބޮޑު ގޮތެއްގައި އޮޅުން ފިލުވާދިނެވެ. 

މައްސަލައިގައި ސަރުކާރުން ދެއްކި އެއްވެސް ވާހަކައެއް ގަބޫލުނުކޮށް ވާދަވެރިން ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއް ކަމަށާއި އެތަނުގެ ސިޔާދަތީ ބާރު އޮންނަން ޖެހޭނީ ރާއްޖެއަށް ކަމަށް ބުނަމުން ދިޔައެވެ. ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ކަމަށް ތުހުމަތުކޮށް އެބައި އަތުލަން ޖެހޭކަމަށް އަޑު އުފުލިއެވެ. ގާނޫނު އަސާސީއާއި ހިލާފަށް ސަރުކާރުން ކަނޑު ވިއްކަލާފައި ވާކަމަށް ބުނެ ރައީސް ސޯލިހާއި ބަންޑާރަ ނައިބު ރިފްއަތާއި ފޮރިން މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމަށް ފާސް ކުރަން އުޅުނެވެ. ކަނޑު ވިއްކާލި ޕެޓިޝަން ނަމުގައި ޕެޓިޝަނެއް ހަދައިގެން އާއްމު ރައްޔިތުންގެ ބަޔަކު ލައްވާ ސޮއި ކުރުވުމުގެ ކެންޕޭނެއް ހިންގިއެވެ. 

ޗާގޯސް ފިތުނައިގައި ބަޔަކު ޖެހި ހީވީ ދެންމެ ދެންމެ ޗާގޯސްއަކީ ރާއްޖޭގެ އަތޮޅެއް ގޮތުގައި ހަމަޖައްސާފާނެ ހެންނެވެ. އިޓްލޮސްގެ ނިންމުން ބާތިލުކޮށް މޮރިޝަސްއާއި ހިއްސާކުރި ބައި ހޯދާ 200 މޭލު އިގްތިސޯދީ ސަރަހައްދު ރާއްޖެއަށް ހޯދަފާނެ ހެންނެވެ. ރައީސް ސޯލިހާއި ރިފްއަތާއި ޝާހިދު ގެ އިތުބާރު ނެތްކަމަށް ހަދާ މަގާމުން ވަކިކޮށްލަފާނެ ހެންނެވެ. 

ޗާގޯސް ކޯލިޝަން ހަދައިގެން ވާދަވެރިން އެއްވާނެއްގައި ދެއްކި ކަނޑު ވިއްކާލި ވާހަކއާއި ޗާގޯސް ވާހަކައަކީ ރިޔާސީ އިންތިހާބަށްޓަކައި އުފެއްދި ފިތުނަ އެއްކަން މިހާރު މިއޮތީ ޔަގީން ވެފައެވެ. ފުންނާބުން އުސް ލޯޔަރުންނާ އިހުގެ ބަންޑާރަ ނައިބުން ދެއްކީ ގާނޫނީ ހުއްޖަތެއް ނެތް އިހުލާސްތެރިކަމެއް ނެތް ސިޔާސީ ފަސާދަވެރި ވާހަކަ ތަކެއްކަން ކަށަވަރުވެ ނިމުނީއެވެ. ސޮއިކުރުވި ކަނޑު ޕެޓިޝަން ވަނީ ކޮން ވަލަކަށްކަން ސޮއިކުރި މީހަކު ނުދެނެ ހުއްޓެވެ. 

ހަނދާން އައުކޮށްލާށެވެ. ޗާގޯސް ކޯލިޝަންގެ ރައީސަކަށް ހުރީ އިންތިހާބީ ރައީސް މުއިއްޒުގެ ޅިޔަނު އިބްރާހީމް ޖަނާބެވެ. އޭނާ އިސްވެހުރެ ކުރިކަންތަން މިއޮތީ ފެންނާށެވެ. ކަނޑުވިއްކާލުމޭ ކިޔައިގެން އޭރު އެޖެއްސި ޑްރާމާއަކީ މުއިއްޒުގެ ކެންޕޭން ސްޓަންޓެކެވެ.

ރައީސް ޔާމީނުގެ ފޮޓޯއާއި އިންޑިއާ އައުޓާއި ޗާގޯސް ވިއްކައިގެން ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބު ވީފަހުން ތިންހަތް ދުވަސްވީއެވެ. ވިއްކާލި ކަނޑޭ ކިޔައިގެން އަދި ކުކުރާ ނުލައެވެ. ޗާގޯސް ގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދާ ދިނުމުގެ ޕްލޭނެއް ވިސްނުމެއް އޮތްކަމެއް ރައްޔިތުންނަށް އަދި ސާފުކޮށް ނުދެއެވެ. ޕްލޭނެއް އޮތް ކަމެއްވެސް ނޭނގެއެވެ. އިންތިހާބުގައި ވޯޓު ހޯދުމަށް ބޭނުންކުރި ރައީސް ޔާމީނުގެ ފޮޓޯއަށް ވީހެން ކަނޑު ވިއްކާލުމާއި ޗާގޯހުގެ ވާހަކަ ވެސް ޖަމަލު ފޮޑިއަށް ވެގެން ނިމުނީއެވެ.

]]>
Sun, 22 Oct 2023 14:34:26 +0500 ހީރަސްނިއުސް
ޝެއިޚު އިމްރާނަށް ނަފްރަތު ކުރަނީ ކީއްވެ! https://heerasnews.com/1932 https://heerasnews.com/1932 އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަންގައި ބައިވެރިކޮށް އިސް މަގާމުތައް އެ މީހުނަށް ދީގެން އުޅޭތީ ބަޔަކު މީހުން ވަރަށް ކަން ބޮޑުވެއެވެ. އެކަމާ ގުޅިގެން އަދާލަތުގެ އިލްމު ވެރިންނަށް ނިސްބަތްކޮށް ހުތުރު އެއްޗެތި ކިޔުމަކީ ވަރަށް ބޮޑަށް ރޭވިގެން ބަޔަކު ހިންގާ ހަރަކާތެކެވެ. އެކަމެއް ހިންގަން ފެށީ މި ފަހަކުން ނޫނެވެ. ނިމެމުން މިދާ ސަރުކާރު ފެށުނު ހިސާބުއްސުރެ އެކަމެއް އެއްވާނަކަށް ހުރީ ހިނގަ ހިނގައެވެ. ޓްވީޓާގެ ޕޯސްޓް ތަކުން އެކަނިވެސް އެކަން ވަރަށް ބޮޑަށް ސާފުވާން އެބައޮތެވެ. 

އަދާލަތު ޕާޓީ ސަރުކާރު ހިންގާ ކޯލިޝަނުން ވަކި ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ ސަރުކާރު ހިންގާ މައިޕާޓީގައި ކުރިން އޮތް ލީޑަރޝިޕުގެ އިސްބަޔެކެވެ. އެ މީހުންގެ އަވާގައި ސަރުކާރުގެ ވާދަވެރިން ވެސް ޖެހުނެވެ. ދެބައި މީހުންގެ މަގްސަދު ތަފާތެވެ. 

ވާދަވެރިން ފުރައްސާރަ ކުރީ ކޮންމެ ގޮތެއް ހަދައިގެންވެސް ސަރުކާރާ މެދު ރައްޔިތުން ނަފްރަތު ކުރުވުމަށެވެ. ސަރުކާރު ބަލިކުރުމަށެވެ. އެހެން ނަމަވެސް ވެރިކަން ހިންގާ މައިޕާޓީގެ ކުރީގެ ލީޑަރޝިޕް ހިންގަން ބޭނުންވީ މުޅިން އެހެން އެޖެންޑާއެކެވެ. 

ސަރުކާރާއި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެ މީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ރާއްޖެގައި ހުޅުވާލުމަށެވެ. ފަހަރެއްގައިވެސް އެއީ އެމްޑީޕީގެ ވިސްނުމެއް ނޫނެވެ. އެމްޑީޕީގެ އިސްސަފު ހިސޯރުކޮށްގެން ތިބި މަދުބައެއްގެ ވިސްނުމެވެ. 

ކެތްތެރި ކަމާއެކު އަދާލަތުގެ ދީނީ އިލްމުވެރިން މަސައްކަތް ކުރަމުން ދިޔައީ އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ފަހިވިޔަ ނުދިނުމަށެވެ. ލާދީނީ އެޖެންޓުން ތަކެއް ވަކި ހިއްޕާލައިގެން ތިއްބަސް އެ މީހުންގެ އެޖެންޑާތައް ފޭލިކޮށްލުމަކީ އަދާލަތުން ކުރަމުން ދިޔަ މަސައްކަތެވެ. ނަތީޖާއެއްގެ ގޮތުން ލާދީނީ ފިކުރު ދިރުވަން އިސްސަފުގައި އުޅުނު މީހުންނަށް ޖެހުނީ އެ ފިކުރު ހިފައިގެން އެމްޑީޕީން ވެސް ނިކުމެގެން ދާށެވެ. 

ޝެއިހު އިމްރާނާ ދެކޮޅަށް ބައެއް މީހުން އަޑު އުފުލަނީ ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނުމެއް ނެތިއެވެ. ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމަށް ފުރުސަތު ފަހިކުރަން މަސައްކަތްކުރާ "ތިންކް ޓޭންކް" ތަކުން އުފައްދައިގެން ހިންގާ ނަފްރަތުގެ މަޅީގައި އިސްލާމް ދީނަށް ލޯބިކުރާ ގިނަ ބަޔަކު ވެސް ޖެހުނީއެވެ. ބަވަނަ ވެތި ދުނިޔޭގައި އިންސާނީ ހައްގާ ޑިމޮކްރަސީގެ ނިވަލުގައި ފަތުރަމުންދާ ފިކުރަކީ ވަކި ދީނެއްގައި ހުއްޓި ނުތިބުމުގެ ފިކުރެވެ. އެ "ފިކުރެއްގެ ދިރުން" ހުރިވަރު ދުނިޔޭގެ ކަންކޮޅުތަކުން އެހެރީ ފެންނާށެވެ. 

ދައުލަތް ހިންގުމުގެ ތެރެއިން އެ ފިކުރު ފަތުރާ މުޖުތަމައުގެ ދިރުމަކީ މާއްދިއްޔަތު ކަމަށް ހަދާ ދީނާ ދައުލަތް ވަކިކުރުމުގެ ފިކުރު ދިރުވުމަށް ހުރަސް އަޅާ މީހުން ސައިޒު ކުރުމަކީ ވަކިބަޔަކު އިސްވެ އޮވެ ހިންގާ ދުރުރާސްތާ ޕްލޭނެކެވެ. އަދާލަތާ މެދު ބައެއްގެ ހިތުގައި ނަފްރަތު އުފެއްދުމުގެ ފަހަތުގައިވެސް އޮތީ ފިކުރެއްގެ ދިރުމުގެ އެޖެންޑާއެވެ. އެންމެ ބޭނުންވާ ފެންވަރުގައި ފިކުރެއްގެ ދިރުން ސަރުކާރުގެ ތެރޭގައި ނުހިންގުނީ އަދާލަތުގެ އިލްމުވެރިންގެ ބުރަ މަސައްކަތުންނެވެ. ޝެއިހު އިމްރާނާ ދެކޮޅަށް އުފައްދާ ފަތުރާ ނަފްރަތުގެ ހަގީގަތަކީ އެއީއެވެ.  

]]>
Sat, 21 Oct 2023 14:43:30 +0500 ހީރަސްނިއުސް
މުއިއްޒަށް: ފުރުސަތު އޮތަސް ނެތަސް ޖެހޭނީ ބާލަން https://heerasnews.com/1914 https://heerasnews.com/1914 ކޮން ވާހަކައެއް ހެއްޔެވެ. ފުރުސަތު އޮތަސް ނެތަސް ޖެހޭނީ ބާލާށެވެ. ފުރަތަމަ ދުވަސް، ފުރަތަމަ ހަފްތާއަށްވެ، ފުރަތަމަ ހަފްތާ، ފުރަތަމަ މަހަށްވެ، ވެވަށް ވެއްޓުނު ގެރިއަށް އިންޑިއާ ސިފައިން ބޭލުން ހަދައިގެން ނުވާނެއެވެ. 

ރައްޔިތުން ވެރިކަން ބަދަލުކުރީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ކަމަށް ބުނެ ވެރިކަން ހޯދަން ފެތުރި ދޮގު ވާހަކަ ތަކުގެ ތެދު ދޮގު ބަލައިލާށެވެ. ރާއްޖޭގައި ކުރުކާލި ކަނޑާ އިންޑިއާ ސިފައިން ގިނަވެގެން އޮބި ނޯވެގެން ބަޔަކަށް ރޭނިދި ނުދިގެން އުޅޭތީއެވެ. ހިނގަމުން އައި ސަރުކާރުން ދެއްކި ވާހަކަ ގަބޫލުނުކޮށް ވަގުތުން ވަގުތައް އިންޑިއާ ސިފައިން ބޭލުން ނޫން ގޮތެއް ނެތިގެންނެވެ.

ރާއްޖޭގައި އަސްކަރީ ކަމެއްގައި ބޭރު ސިފައިންގެ ބަޔަކު ނެތްކަމަށް ސަރުކާރުން އައީ ބުނަމުންނެވެ. ސްޓްރެޓެޖިކް އެއްބަސްވުމެއްގެ ދަށުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާރެރިކަން ކަށަވަރު ކުރުމަށް ފާރަވެރިވާ އިންޑިއާގެ ދެހެލިކޮޕްޓަރާއި ޑޯނިއަރ ބޯޓެއް އޮޕަރޭޓު ކުރަން އައިސްތިބި ބަޔަކު ތިބެގެން ސަރުކާރުގެ ވާދަވެރިން ފަޔަށް ހިނިއަރައިގެން އުޅުނީ ގައިމު ކަމެއް ވެގެންތާއެވެ. 

ރައީސް ޔާމީނު ވެރިކަމުގައި ވިސާ އައުކޮށް ނުދިނީމާ ވެސް ފައިބައިގެން ނުދާން ގަދަ ހަދައިގެން އެމީހުން ތިބި ވާހަކަވެސް ދެއްކީމު ނޫން ހެއްޔެވެ. ސިފައިންގެ މައިމަރުކަޒަށްވަދެ ކޮމާންޑް ކުރަނީ އިންޑިއާ ހައިކޮމިޝަނަރޭ ވެސް ގޮވީމު ނޫން ހެއްޔެވެ. އެވަރު ބަޔަކާއެކު މަސްވަރާ ކޮށްގެން މުއިއްޒަށް އެމީހުން ވަކި ބޭލޭނެ ހެއްޔެވެ. ނުވާނެއެވެ. ޕީޕީއެމުން ބުނާ ގޮތުން ޔާމީނަށް ވެސް އޮތީ އެކަން ނުވެފައެވެ. 

ގަދަކަމުން އިންޑިއާ ސިފައިން ބޭލުމުގެ ހިއްވަރު މުއިއްޒުގައި ހުންނާނެ ހެއްޔެވެ. ހުރިއްޔާ ނިކަން ބާލައިލަ ބަލާށެވެ. ބާލަން ތިޔަ އުޅެނިއްޔަކީ ޖީއެމްއާރެއް ނޫނެވެ. ޖީއެމްއާރު ބޭލުނީ ވެސް އެތައް ސަތޭކަ މިލިޔަން ޑޮލަރ ބަދަލުގެ ގޮތުގައި ދައުލަތުން ގުރުބާން ކޮށްގެންނެވެ. މިހާރު ބާލާ ވާހަކަ ތިޔަ ދައްކަނީ އިންޑިއާ މިލިޓަރީއެވެ. 

އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓަކާއި ދެ ހެލްކޮޕްޓަރ ރާއްޖޭގައި އޮވެގެން ބަލަހައްޓާ ދިނީ ރާއްޖޭގެ ވަޔާއި ކަނޑުގެ ބޯޑަރެވެ. ހުއްޓުވީ ޕައިރެޓުންނާއި ވަގަށް ހަތިޔާރު ބަދަލުކުރުމާއި ޑްރަގް ނެޓްވޯކް ތަކެވެ. އެއްތަނުން އަނެއްތަނަށް އުފުލައިދިނީ ހަލުބޮޑު އިމަޖެންސީ ބަލި މީހުންނެވެ. ހިންގީ ސޭފް އެންޑް ރެސްކިއު އޮޕަރޭޝަންތަކެވެ. ކަށަވަރުވީ ރާއްޖޭގެ ސިޔާދަތާ މިނިވަންކަމެވެ. 

ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތަސް ފަރުވާލެއް ނެތެވެ. އިންޑިއާ ސިފައިން ރާއްޖޭން ޖެހޭނީ ބާލާށެވެ. އިންޑިއާ އައުޓުކުރުން ނޫން އެހެން އެއްވެސް ގޮތެއް މަޝްވަރާކޮށްގެން ވެސް ހޯދުމަކަށް ނެތެވެ. ލަސް ކުރުމެއް ފަސް ކުރުމެއް ވެސް ނެތިއެވެ. ތިބިއްޔާ ތިބި އިންޑިއާ ސިފައިންނެއް ސުލްހައިގައި ވަގުތުން ރާއްޖޭން  ނުފައިބަންޏާ ޖެހޭނީ ގަދަކަމުން ވެސް ބާލާށެވެ. ބޫޓު ޖޯޑެއް ވެސް ހުއްޓަ ނުދިއެވެ. ތިލަދުންމަތިން ރައްޔިތުން ވެރިއަކު ހޮވީ މިނިވަންކަން ކޮމްޕްރަމައިޒް ނުކުރަން ވެގެންނެވެ.  

]]>
Sat, 14 Oct 2023 17:24:03 +0500 ހީރަސްނިއުސް
ޕީޕީއެމުން މަޖިލިހަށް ހޮވޭ އެންމެން ޕީއެންސީއަށް! https://heerasnews.com/1911 https://heerasnews.com/1911 ރިޔާސީ އިންތިޚާބަށް ފަހު ފެނުނީ ޕީޕީއެމަކީ ޕީއެންސީގެ ޓިޝޫޕޭޕަރަށް ހެދިތަނެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީން ފޮހުނު އެއްޗެއް ފޮހެފައި އެއްލާލި ޓިޝޫ ޕޭޕަރު ގަނޑަކަށް އެ ވަރުގަދަ ބޮޑު ޕީޕީއެމް ހަދަތްޕޭ ހީވާ ވަރަށް ބުރާސްފަތި ދުވަހު އަދުރޭ މީޑިއާ ކުރިމަތީގަަި ނެގިނެގިފައި ޖެހެފިއެވެ.

ރިޔާސީ އިންތިޚާބުގެ ބެނަރތަކާ ޕޯސްޓަރު ތަކުގައި އޮތީ ޕީޕީއެމްގެ އަސުރުމާ ކުލައެވެ. އެންމެ ވަރުގަދަ އަދި އެންމެ ކުރީގައި ހުންނެވި ފޮޓޯފުޅަކީ ރައީސް ޔާމީނެވެ. އެރި ވަޖިދުގައި ޕީޕީއެމް މެމްބަރުން ގޮސް ވޯޓުއަޅާ ނަމްބަރު 4 ރާއްޖޭގެ ވެރިކަމަށް ހޮވިފަހުން މަންޒަރު ބަދަލު ވެއްޖެއެވެ.

މުޅި ވެރިކަން އެއީ ތިންހާސް ކިރިޔާ ހަމަވި އަދުރޭ ޕާޓީގެ އެއްޗެކޭ ހީވެއްޖެއެވެ. މަގާމު ތަކަށް ލާންވީ މީހުންނާ ކެބިނެޓާ ޕީޕީއެމާ އަޅާ ގާތް ނުވާ ހިސާބަށް އަދުރޭގެ ވާހަކައިން ޕީޕީއެމް ފޭކޮށްލި ފަހުން އަދި ޕީޕީއެމްގެ ބޭނުން ނުކެނޑޭކަން ވިސްނިއްޖެއެވެ.

އެހެން ކަމުން ރައީސް މުއިއްޒު އޭގެ ފަހުން ވިދާޅުވީ އަންނަ މަޖިލިސް އިންތިޚާބްގައި ވާދަކުރާނީ ޕީޕީއެމް ޕީއެންސީ ގުޅިގެން މަޖިލިހުގެ ސުޕަރ މެޖޯރިޓީ ނެގުމަށް ކަމަށެވެ. ރަނގަޅެވެ. ވޯޓުނުލާހާ ހިނދަކު ޕީޕީއެމާ ޕީއެންސީ ގުޅިގެން އެކުގައެވެ. ވޯޓްނަގާ ނިމުނީމާ ޕީއެންސީ އެކަންޏެވެ. އެއްގުއިރޯނުން ވަސް ނުކެނޑެނީސް ޕީޕީއެމް މެމްބަރުން އަނެއް ގުއިރޯނުގައި ޖައްސަން އުޅެވޭނީ ތިޔަ ވަރަކަށެވެ. 

ގުޅިގެން ވާދަކޮށްގެން ގޮނޑިތައް ނަގާ ނިމޭއިރު ދެން ކަންވެފަައި އޮންނާނީ ހޮވި ނިމުނު އިރު ޕީޕީއެމްގެ ސެމްބެ ޕީއެންސީގެ މެމްބަރަކަށްވީ ގޮތަށެވެ. އެއްކޮށް ކެމްޕޭންކޮށް މަޖިލިސް ގޮނޑިތަކަށް ހޮވި ނިމޭއިރު ހޮވުނު ހުރިހާ ޕީޕީއެމް މެމްބަރުން ތިބޭނީ ސެންބެ އަށްވީހެން ޕީއެންސީ މެމްބަރުން ކަމުގައި ހަދާފައެވެ.

ޕީޕީއެމާ ރަންކޮޅާއެވެ. މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެފަހަރަކު ކައްޓެއް ނުޖެހޭނެއޭ ބުނާ ބުނުން ދަންނަމު ނޫންހެއްޔެވެ؟ މަޖިލިސް އިންތިޚާބުގައި އަދުރޭ އެހަދަން އުޅޭ ހީލަތުގައި ޕީޕީއެމް ޖެހިއްޖެއްޔާ ޕީޕީއެމާ ރައީސް ޔާމީނުގެ ދުވަސް ދާނެއެވެ. އެވަރުގަދަ ޑީއާރުޕީ އާއި ރައީސް މައުމޫނާއި އެހެރަ ގަދަފަދަ އަންނި އަށްވީ ގޮތް ތިޔަ ޕީޕީއެމާ ރައީސް ޔާމީނަށް ވެސް ނުވެއެއް ނުދާނެއެވެ.

ހޭއަރާ ތިބެ ކެރިގެން ރޮނގު ދަމާލާށެވެ. ޕީއެންސީ އާ ވަކިން ތިޔަ ޕާރޓީއާ ރައީސް ޔާމީނަށްޓަކާ ކެރިގެން ނުކުމެ މަޖިލިސް އިންތިޚާބްގައި ޕީޕީއެމްގެ ގޮނޑިތައް ވަކިން ނަގާށެވެ. އެ ދުވަހަކުން އިދިކޮޅުގައި ހުރި ހުރިހާ ގޮނޑި އޮންނާނީ އެކައްޗެއް ކިޔައިގެންނެވެ. އޭރުން އަދުރޭއަށް އެރުވޭނެ ފޮނެއްނެތި މުއިއްޒު ޖެހޭނީ އުނބަށް ޖަހާށެވެ.  

މިނޫން ގޮތެއް ހަދައިފިނަމަ ރައީސް ޔާމީނާ ޕީޕީއެމް އަކީ މި ރާއްޖޭގެ މާޒީކަމުގައިވެ ނިމޭނެއެވެ. ޑީއާރުޕީ އާއި ރައީސް މައުމޫނަށް ވީހެނެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން އައިސް ތިޔަބައިމީހުން ބޭނުންކޮށްގެން މުއިއްޒު ރާއްޖޭގެ ވެރިކަމަށް ހޮވުނު ގޮތް ދެކި ބަލާށެވެ. ހުވާ ނުކުރެވެނީސް ކަންކުރަން ފެށިގޮތް ނޭނގެންޏާ ޕީޕީއެމް މެމްބަރުން ތިޔަ ތިބީ އެކީ އެއްފަހަރާ ދޮޅުރޯނާވެ ނިމިފައެވެ.

]]>
Fri, 13 Oct 2023 11:45:30 +0500 ހީރަސްނިއުސް
ރިޔާސަތުން ނަޝީދު ބޭލުމެއް ނުހުއްޓުވޭނެ: މޮސްޓާ https://heerasnews.com/1908 https://heerasnews.com/1908 މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ގެއްލިގެން ދިޔުމަކީ ޑިމޮކްރެޓުން ނިކަން ބޭނުންވާ ކަމެކެވެ. އަންނި ނޫން ގޮތެއް އެމްޑީޕީއަށް ނުއޮންނާނެ ކަމަށް ޑިމޮކްރެޓުންނަށް ހީވަނީއެވެ. އަންނި ނެތި އެމްޑީޕީއަކީ ނެތް ޕާޓީއެއް ކަމަށް ދައްކަން ގައިވީދޭ އަންނިގެ ގުނބޯކޮޅު ގޮތްގޮތަށް އަބަދުވެސް ދޮގު ވާހަކަ ފަތުރައެވެ. 

ހަނިމާދޫ ދާއިރާގެ މެންބަރު ޕީއެންސީއަށް ސޮއި ކުރެއްވި ކަމަށް ދެކެވޭ ވާހަކައަކީ ވެސް އެޒާތުގެ ވާހަކައެކެވެ. އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ސިއްޕެއަކީ އެމްޑީޕީ ފުޑުފުޑު ވެގެން ދާތަން ދެކެން އެންމެ ބޭނުންވާ އެކެވެ. މަޖިލިހުގެ ރައީސް ކަމުން އަންނި ވަކިކުރަން ދެވަނަ ފަހަރަށް ހުށަހެޅުމަކީ ސިއްޕެމެނަށް ހަޖަމް ކުރެވޭ ކަމަކަށް ނުވާނެއެވެ. އެހެން ކަމުން އެމްޑީޕީއާ ގުޅުވައިގެން ފެތުރެން އޮތިއްޔާ އޮތް ދޮގު ވާހަކައެއް އެވެރިން ފަތުރާނެއެވެ. 

ވެރިކަމުގައި އެމްޑީޕީ އޮންނަތަން ދެކެން ބޭނުން ނުވާހެން މަޖިލީހުގައި އެމްޑީޕީއަށް މެޖޯރިޓީ ނެތް ތަން ދެކެން ޑިމޮކްރެޓްސްގެ ވެރިން ނިކަން ބޭނުމެވެ. މަޖިލީހުގެ މެންބަރަކު އެމްޑީޕީން ވަކިވާތަން ދުށުމަށްވުރެ ހިތް އެދޭ އެހެން އެއްވެސް ކަމެއް މިހާރަކު އެމީހުންގެ ނެތެވެ. ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ޕީއެންސީއަށް ސޮއި ކުރައްވައިފިކަމަށް ބުނެ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ސިއްޕެ) ދޮގު ވާހަކައެއް ފަތުރާލީ އެހެން ވެގެންނެވެ. 

ސިއްޕެ ފެތުރި ބޮޑު ދޮގަށް އެންމެ ވަރުގަދަ ރައްދެއް ދެއްވީ ނޮޅިވަރަމް ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ނަޝީދު އަބްދުއްލާ (މޮސްޓާ) އެވެ. މޮސްޓައަކީ އެމްޑީޕީގެ މެންބަރެއް ނޫނެވެ. އެމްޑީޕީއަށް ތާއީދުކުރައްވާ މެންބަރެއް ވެސް ނޫނެވެ. ގިނަ ކަންކަމުގައި ދެކިވަޑައިގަންނަވާ ގޮތަކަށް ހައްގު ބަސް ވިދާޅުވާން ކެރި ވަޑައިގަންނަވާ ދެފުށް ދެގޮތްކަމެއް ނެތް ބޭފުޅެކެވެ. 

މޮސްޓާ ވިދާޅުވާ ގޮތުން މެންބަރު ގަފޫރު (ގަޕޯ)އަކީ ކެފޭއެއްގެ މޭޒު ދޮށުގައި އެކަހެރިވެ ވަޑައިގެން އިންނަވާ އެހެން ޕާޓީއަކަށް ސޮއިކުރައްވަން ޖެހިވަޑައިގަންނަވާ ވަރަށްވުރެ ގަދަ ބޭފުޅެކެވެ. މޮސްޓާ ވިދާޅުވާ ގޮތުން މެންބަރ ގަފޫރު (ގަޕޯ)އަކީ ސަރުކާރު މެދުވެރިކޮށް ދާއިރާއަށް ބިލިޔަން ރުފިޔާގެ ޕްރޮޖެކް ގެނެސް ދެއްވި މެންބަރެކެވެ. ގަޕޯއަކީ މިވަގުތު މަޖިލީހުގައި އިންނެވި އެންމެ ތަޖުރިބާކާރު ވަރުގަދަ މެންބަރެވެ. އެވަރުގެ މެންބަރަކު ޕީއެންސީގެ ލީޑަރޝީޕްގެ އެއްވެސް މީހަކު ނެތި ކެފޭއެއްގެ މޭޒެއްގެ ދޮށުގައި އެކަހެރިކޮށް އިންނާވާ ޕީއެންސީއަށް ސޮއި ކުރެއްވި ކަމަށް ބުނާ ބުނުމަކީ ބޮޑު ޖޯކެއް ކަމަށް މޮސްޓާ ސިފަކުރެއްވިއެވެ. 

ހަނިމާދޫ ދާއިރާގެ މެންބަރޭ ކިޔައިގެން ދޮގުވާހަކަ ދައްކައިގެން އަންނި މަޖިލީހުގެ ރިޔަސަތުން ބޭލުމުގެ މަސައްކަތް ހުއްޓުވޭނެ ކަމަށް ސިއްޕެ ހީނުކުރުމަށް މޮސްޓާ ވިދާޅުވެއެވެ. މި މޭރުމުން މޮސްޓާ ރައްދު ދެއްވާފައި ވާއިރު ގަދަކޮށް އެމްޑީޕީގައި ހުންނެވި ކަމަށާއި އެމްޑީޕީ ނޫން ޕާޓީއަކަށް ދުވަހަކުވެސް ސޮއި ކުރައްވާފައި ނުވާނެކަމަށް މެންބަރ ގަފޫރު (ގަޕޯ) ވަނީ ވިދާޅުވެފައެވެ.

]]>
Thu, 12 Oct 2023 11:32:21 +0500 ހީރަސްނިއުސް
މުއިއްޒު މިނިވަން ކުރަންޖެހޭ ގައުމުވަނީ ބަންދުގައި https://heerasnews.com/1905 https://heerasnews.com/1905 ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ގާނޫނު އަސާސީ ބުނެއެވެ. ދުނިޔޭގެ ޗާޓުގައި ރާއްޖެ ފާހަގަ ވަނީ މިނިވަން ގައުމެއްގެ ގޮތުގައެވެ. އޮންނަނީ ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ ސަރުކާރެކެވެ. މިނިވަން ގައުމަކަށް ލިބިގެންވާ ހުރިހާ ހައްގަކާ އިހުތިޔާރަކާ އިމްތިޔާޒެއް ދުނިޔޭގައި ރާއްޖެއަށް އޮވެއެވެ. އެއް އިންވެފައިވާ ގައުމުތަކުން ފެށިގެން ދުނިޔޭގައި ތިބިއްޔާ ތިބި ބަޔަކު ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ގަބޫލު ކުރެއެވެ. 

އަޅުވެތިވެފައި ނެތި މިނިވަން ވާން އުޅެންޖެހޭ ސަބަބެއް ނެތެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ އިސްވެ އޮވެ ގައުމު މިނިވަން ކުރަން އުޅޭނީ ގައުމު އަޅުވެތި ކަމެއްގައި އޮވެގެންނެވެ. ތިލަދުން މަތީން މުޖާހިދަކު ނިކުމެ މީގެ ކުރިން ގައުމު އޮތީ މިނިވަން ކޮށްފައެވެ. އެފަހަރު ނިކުތީ އުތީމުންނެވެ. މިފަހަރު ވަށަފަރުންނެވެ. 

ދެފަހަރުގެ އަޅުވެތިކަމުގައި ތަފާތު ތަކެއް އެބަހުއްޓެވެ. އުތީމުން މުޖާހިދަކު ނިކުމެ ފައްސާލީ ޕޯޗުގީޒުންނެވެ. ވަށަފަރުން ނިކުތް ފަހުލަވާނަށް ފަހާލަންޖެހިފައި އޮތީ އިންޑިއާއެވެ. ޕޯޗުގީޒުން ރަށްރަށަށް އަރާ ބަޑިޖަހާ މެރީ ދިވެހިންނެވެ. އިންޑިއާއިން ރަށް ރަށަށް އަރާ ސަލާމަތް ކޮށްދެނީ ބަލި މީހުންގެ ފުރާނައެވެ. ޕޯޗުގީޒުން ކަނޑު ފޭރުނީއެވެ. އިންޑިއާއިން ހުއްޓުވަނީ ކަނޑު ފޭރުމެވެ. ޕޯޗުގީޒުން ދިވެހިންގެ ކަރަށް އެޅީ ރަލެވެ. އިންޑިއާއިން އަޅަނީ މަގުތަކަށް ތާރެވެ. 

އާނއެކެވެ. ޕީޕީއެމުން ވަށަފަރު މީހަކަށް ވެރިކަން ހޯދަދިނީ ގައުމު މިނިވަން ކުރާށެވެ. އިންޑިއާ އައުޓު ކުރާށެވެ. ސިފައިންގެ މީހެއް ޑޮކްޓަރެއް ނަރުހެއް ޓީޗަރެއް ނުބަލާ އެކީ އެކައްޗަކަށް އިންޑިއާ އައުޓްކޮށްލަން ވާނެއެވެ. އިންޑިއާ ސިފައިންގެ މީހެއްގެ އެންމެ ބޫޓް ޖޯޑެއްވެސް ރާއްޖޭގައި ބަހައްޓައިގެން ނުވާނެއެވެ. ސަފީރެއް އެމްބަސީއެއް ވެސް ނުބަހައްޓާ ވާނީ ބޭރުކޮށްލާށެވެ. އަމްދުން "ސްޓޭންޑް ވިތު އިޒްރޭލް" ބަޔަކާއި " ސްޓޭންޑް ވިތު ޕެލަސްޓައިން" ބަޔަކާ އެކުގައި އުޅެވޭކަށް ނުއޮންނާނެތާއެވެ. 

އެކަމަކު ބުނަން ހެއްޔެވެ. އިންޑިއާ އައުޓު ވިޔަސް ގައުމު މިނިވަންވީ ކަމަކަށް ނުވާނެއެވެ. މިނިވަން ކުރާން އުޅޭ ގައުމަކީ ދިވެހި ރާއްޖެއެއް ނޫނެވެ. ޕީޕީއެމުން މިނިވަން ކުރާން އުޅޭ ގައުމު ވަނީ ބަންދުގައެވެ. ބަންދުގައިވާ ގައުމު މިނިވަން ނުވަނީސް ގައުމު މިނިވަން ވީކަމަކަށް އެ މީހުނަކަށް ނުވާނެއެވެ. ޕީޕީއެމުން އެބުނާ ގައުމަކީ ޔާމީނެވެ. ޔާމީނުހުރީ ބަންދުގައެވެ. ޔާމީނު މިނިވަން ނުވަނީސް ޑރ. މުއިއްޒު ގައުމު މިނިވަން ކޮށްދިން ކަމަކަށް ހަމަގައިމު ވެސް ނުވާނެއެވެ. 

]]>
Tue, 10 Oct 2023 16:33:20 +0500 ހީރަސްނިއުސް
ދެވަނަ ފެބްރުއަރީ 8 ނައިކަން ނަސީބު https://heerasnews.com/1903 https://heerasnews.com/1903 ކޮންމެ ކަމެއްވެސް ވަނީ ރަގަޅަށެވެ. ކަމެއް ނިމިގެންދާ ގޮތަކުން ކުރިމަތި ވާން އޮތް ކަމެއް އެކަމެއް ނުވަނީހެއް ނޭގެއެވެ. ސަބަބުތައް ފުރިހަމަ ވަމުން ދާގޮތުން ވެދާނެ ކަމަށް އޮންނަނީ ގަބޫލު ކުރެވޭ ގޮތެކެވެ. ގަބޫލު ކުރެވޭ ގޮތަށް ހުރިހާ ކަމެއް ނުވެއެވެ. 

ނިމި ދިޔަ ރިޔާސީ އިންތިހާބު ނިމޭ ގޮތަކުން ވެދާނެ ކަންކަމަށް ވާދަވެރި ދެ ފަރާތުން ވެސް ގަބޫލު ކުރި ގޮތްތަކެއް ހުއްޓެވެ. އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެ ނަމަ ރާއްޖެއަށް ވެގެން ދާނެ ގޮތެއްގެ ވާހަކަ ދެ ފަރާތުންމެ ދެއްކިއެވެ. ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބު ނުވެއްޖެނަމަ ވާނެ ގޮތްތަކެއްގެ ވާހަކަ ވެސް އެގޮތަށް ދެއްކިއެވެ. ވާނެ މޮޅާ ރަނގަޅުތަކުގެ ވާހަކައެވެ. އަންނަން ހުރި ގެއްލުންތަކާއި ކުރިމަތިވާނެ ދެރަ ގޮތްތަކެއްގެ ވާހަކައެވެ. އެހުރިހާ ވާހަކައަށް ދާކަށް ނެތީމެވެ. 

ހިނގަމުންދާ ސަރުކާރަށް ދެވަނަ ދައުރު ލިބިއްޖެނަމަ ރާއްޖޭގެ މިނިވަންކަން ގެއްލި އިންޑިއާގެ އަޅުވެތިކަމަށް ދާނެކަމަށް ދެކެވުނު ވާހަކައަކީ އެންމެ ބާރަށް އިދިކޮޅުން ދެއްކި އެއްވާހަކައެވެ. ރާއްޖެއަކީ އިސްލާމުދީން ނޫން އެހެން ދީންތަކަށް ހުޅުވިފައިވާ، ލާދީނީ ކަންކަމަށް ބާރުދޭ ގައުމަކަށް ވެގެން ދާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައެވެ. ފިތްކަޑައިގެން ދާވަރަށް ދަރަނިވެރިވެފައިވާ ކަމުގެ ވާހަކައަކީ ވެސް އެންމެ ބާރަށް ދެކެވުނު އެއްވާހަކައެވެ. ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމުގެ ތުހުމަތަކީވެސް ސަރުކަރާ ދެކޮޅަށް އަޑު ހަރުކޮށް ދެއްކި ވާހަކައެކެވެ. 

ވާދަވެރިން ވެރިކަމަށް އަތުވެއްޖެނަމަ ވެދާނެ ގޮތްތަކެއްގެ ވާހަކަ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރަތްތަކުންވެސް ދެއްކިއެވެ. އެގޮތުން އަނިޔާވެރިކަން އާއްމުވެ ރާއްޖޭގައި އޮތް ހަމަޖެހުން ގެއްލި ބިރުވެރިކަން އާއްމު ވެގެން ދާނެކަމަށް ބުނަމުން ދިޔައެވެ. ވެރިކަމުގެ ތެރެއަށް ގޭންގްތައް ވަދެ ސަރުކާރަކީ ގޭންގްތަކުން ކޮންޓްރޯލުކުރާ ތަނަކަށް ވެގެން ދާނެ ކަމަށް އަޑުއުފުލުނެވެ. ސިޔާސީ ބޭނުމުގައި މީހުން ހިފާ ހައްޔަރު ކުރުން އާއްމުވެގެން ދާނެ ކަމަށާއި ދީނީ ގޮތުން ހައްދު ފަހަނައެޅުން ބިރުވެރި ދަރަޖައަކަށް ބޮޑުވެގެން ދާނެކަމަށް ބުނަމުން ދިޔައެވެ. ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއިތައް ހުއްޓި ތަރައްގީގައި ރައްޔިތުން ތަފާތު ކުރާނެ ކަމަށް ވިސްނާ ދިނެވެ. 

ތަފާތު އިދިކީލި ވިސްނުންތަކުން ކަޅިވެފައިވާ އެންޓި ކެންޕޭން ނޫންކަމެއް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވައިގައި ހިފާފައެއް ނެތެވެ. ކޮންމެ ބަޔަކުވެސް އުޅުނީ ނޫން ގޮތެއް ހޯދާށެވެ. ކުރެވުނު ކަމެއްކޮށް ދެކެވުނު ވާހަކައެއް ދެކެވުނީ އެމަގަށެވެ. މުޅި ރާއްޖެ އޮތީ ހަމައަށް ދެބައިވެފައެވެ. ރީދުލާއި އަސުރުމާކުލައަށް ނޫނީ ރާއްޖޭގައި ކުޑަވެސް ޖާގައެއް ނެތެވެ. އެމްޑީޕީއާއި ޕީޕީއެމާ ވާދަކޮށް ލެވޭވަރުގެ އެހެން އެއްވެސް ބަޔަކު ނެތެވެ.

އިންތިހާބު ނިމިގެން ދިޔައީ ރައީސް ސޯލިހުގެ މައްޗަށް ޑރ. މުއިއްޒު ކުރި ހޯއްދަވައިގެންނެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުލިބުނީ ނަސީބަކުން ކަމަށް ރައީސް ސޯލިހުގެ ބައެއް ސަޕޯޓަރުން ގަބޫލު ކުރެއެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަސް ކަހަލަ ދެވަނަ ދުވަހެއް ނުދެއްކެވިކަމީ ރައްޔިތުންގެ ނަސީބުކަމަށް އެމީހުން ބުނެއެވެ. ރައިސް ސޯލިހަށް އިންތިހާބު ކާމިޔާބު ވީނަމަ ދެވަނަ ފެބްރުއަރީ 8 އައިހެވެ. އިބޫ ނޫން ގޮތެއް ހޯދުމަށް ކޮށްފައި ނުކުރާނެކަމެއް ނެތްބަޔަކު ތިބީ ފިސާރި ރަގަޅަށް އެކަމަށް ތައްޔާރަށެވެ.

]]>
Mon, 09 Oct 2023 20:24:53 +0500 ހީރަސްނިއުސް
ޑރ. މުއިއްޒަށް: އަންނި ގޮވައިގެން ނެގޭނެ ބޯވައެއް ނޯންނާނެ https://heerasnews.com/1901 https://heerasnews.com/1901 ވެރިކަން ނޫން އެހެން ކަމެއް ބޭނުން ނޫން ބަޔަކަށް އެއްބައި ވަންތަކަމުގެ ސަރުކާރެއް ހިންގާން ފުރުސަތު ނުދެވޭނެއެވެ. ކެނެރީގޭ ނަޝީދާއެކު ނެގޭނެ ބޯވައެއް ނުއޮންނާނެއެވެ. މާޒީން އެ ތަޖުރިބާ އެ އޮތީ ފެންނާށެވެ. ހަނދާން ނެތިއްޔާ ހަނދާން އައުކޮށްލާށެވެ. 

2018 ގައި ރިޔާސީ އިންތިހާބަށް ދޮންވަމުން އައި އިރު ނަޝީދު ހުރީ ޖަލުގައެވެ. އެކަނި ވާދަކުރި ޕްރައިމަރީގައި ބާލިދީއަށާއި ދޮންނަ މެޝިނަށް ވޯޓު އަޅައިގެން އެމްޑީޕީ މީހުން ޓިކެޓް ދިނީ ނަޝީދަށެވެ. ދެންދެނޭ ގޮވަންދެން ޓިކެޓްގައި ބަގުޑި ބައްދައިގެން ނަޝީދު ހުރީ ލަންޑަނުގައި އެރުވިގެންނެވެ. ނަޝީދަށް ނުނިކުމެވެންޏާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަނުކުރަން އޭނާ ދިޔައީ ފިއްތަމުންނެވެ. އެހެނަސް އުކުޅަހު ކޮންގްރެސްގައި އޭނާއާ ދެކޮޅަށް އިބޫއަށް ޓިކެޓް ދިނީ ކޮންގޮރަސްމަނުންނެވެ. އެހެންވެ އަދި އަދަށް ވެސް އުކުޅަހު ކޮންގްރެސް ނަޝީދު ސިފަ ކުރަނީ އުކުޅަހު ބަގާވާތުގެ ގޮތުގައެވެ. 

ރައީސް އިބޫ ވެރިކަމަށް އައީ ޑިމޮކްރެޓުން މިހާރު އެބުނާ ޒާތުގެ އެއްބައިވަންތަ ސަރުކާރެއް އުފައްދާ ހިންގަން އެއްބަސް ވެގެންނެވެ. މި އެއްބަސްވުން އެއްބަސްވީ އެމްޑީޕީއާއި ޖުމްހޫރީއާއި އަދާލަތާއި ޕީޕީއެމް މައުމޫނު ފެކްޝަން (ފަހުން އެމްއާރުއެމް) ވެގެންނެވެ. ސަރުކާރުގައި އެމީހުން ހިއްސާ ކުރާނެ މިންވަރާ މަޖިލިސް ގޮނޑިތައް ހިއްސާ ކުރާނެ ގޮތްވެސް ކަޑައަޅައިގެންނެވެ. ކޯލިޝަންގެ މައިޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ ރައީސަކީ ނަޝީދެވެ. 

ޖަލު ހުކުމެއްގައި ހުރެ ލަންޑަނަށް ފިލަންގޮސް ހުރި ނަޝީދު މިނިވަން ވެގެން އައުމާއެކު ގުޅިގެން ހިންގަން އުފެއްދި އެއްބަސްވުންތައް ރޫޅާލާ ރައީސުލްޖުމްހޫރިއްޔާއަކީ ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ހެދުމަށް ނުރައްކާތެރި ފިއްތުންތައް ފިއްތަން ފެށިއެވެ. ކޯލިޝަން ޕާޓްނަރުން ރުޅިއަރައިގެން ކޯލިޝަން ދޫކޮށްލާފައި ދާވަރަށް ޖެއްސުމާ ދުއްޕާން ކުރިއެވެ. ރައީސް އިބޫގެ ހަތަރެސްފައި ބަނދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރިއެވެ.

މަޖިލީސް އިންތިހާބާއި ހަމައިން ކޯލިޝަނުގައި ރެނދު ލައްވާލިއެވެ. މަޖިލިސް ފާރުމަތިން އުކާލާ ގޮނޑިގެއްލުވާލި މެންބަރުނަށް ރިޒާވް ކުރުމަށް އެއްބަސްވެފައިވާ ދާއިރާތައް އެ މީހުނަށް ނުދިނުމަށާއި ކޯލިޝަން ޕާޓްނަރުން ގޮތުގައި ތިބި ޕާޓީ ތަކަށް ދާއިރާއެއް ދޫނުކޮށް އެންމެ ދާއިރާއެއް ނޫން ހުރިހާ ދާއިރާއަށް އެމްޑީޕީން ވާދަ ކުރަން ނިންމާ ކޯލިޝަން އެއްބަސްވުމާ ފުރަތަމައަށް ބޮޑުތަނުން ނަޝީދު ހިލާފުވިއެވެ. ހުރިހާ ޕްރެޝަރެއް ރައީސް އިބޫ އަށެވެ. އަނެއް ކޮޅުން ގާސިމާ މައުމޫނާ އިމްރާނަށް އެމްޑީޕީ މެދުވެރިކޮށާއި ސީދާ ނަޝީދު ޒާތީގޮތުން ނުކުރާ ޖެއްސުމެއް ނާޅުވާ ބަދުނާމެއް ނެތެވެ. 

މަޖީލީހުގެ ސްޕަރމެޖޯރިޓީ އެމްޑީޕީއަށް ލިބުމުން މަޖިލީހުގެ ރައީސް ކަމަށް އައްޑޫ އަސްލަމާއި ވިލުފުށި އަފީފު ތެޅުވުމަށް ފަހު އެގޮނޑިއަށް ސަވާރުވީ ނަޝީދެވެ. އެހިސާބުން ދުނިޔެ ރަންވިއެވެ. ނަޝީދު ބޭނުންވި ގޮތަށް ރައީސް އިބޫ ކޯލިޝަން ހަވަރަށް ނުދެއްވުމުން ނަޝީދު ދިމާކުރީ ރައީސްގެ ބާރު ކަނޑުވާލުމަށެވެ. ބަހަނާއަކަށް ހެދީ ބަރުލަމާނީއެވެ. ބަރުލަމާނީ ރައީސް ބަލައިނުގަތުމުން މަޖިލީހުގެ ފްލޯއަކީ ނަޝީދުގެ ފިތުނަ ވިއްކާ މާރުކޭޓަށް ހެދީއެވެ.

ނަޝީދު ޗަރުކޭސް ކުޅުކުޅެ ހުއްޓާ ރައީސް އިބޫގެ ކެތްތެރިކަމާ ވިސްނުން ތޫނުކަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލު ނަޝީދަށް މުޅިން ގެއްލުވާލިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލު ރައީސް އިބޫ ހޯއްދެވިއެވެ. އެންމެ ފަހުން ނަޝީދުގެ ބާރުގެ ދަށުގައި އޮތް އެމްޑީޕީ ސެކެރެޓެރިއޭޓް ވެސް ނަޝީދަށް ގެއްލުނީއެވެ. ނަޝީދު ބޭނުންވި ގޮތަށް ވެރިކަން ހިންގާ ކޯލިޝަން ރޫޅާނުލާ އެމްޑީޕީގެ ވެސް ބޮޑު ތާއީދާއި އެއްބާރުލުން ރައީސް އިބޫ ހޯއްދެވިއެވެ.

ރިޔާސީ ޕްރައިމަރީވެސް ނަޝީދަށް ގެއްލި މަގު މަތިވީއެވެ. ރައީސް އިބޫ ނޫން އެހެން ވެރިއަކު ނަމަ ނަޝީދު މަގުމަތިކޮށްލާނެތާ ކިތަންމެ ދުވަހެކެވެ. ކުޑައިރުއްސުރެ އޮތް އަހުވަންތަ މިތުރުކަމާއި ވަކިނުވޭ ވަރަށް އޮތް އާއިލީ ބަދަހި ގުޅުމާއި ހެދި ނަޝީދު ގޮވައިގެން އުޅުއްވޭތޯ ރައީސް އިބޫ ކެތްތެރިކަމާއެކު ހިތްވަރު ކުރެއްވިއެވެ. އެހެނަސް ކުރާނީކީއް ހެއްޔެވެ. ވެރިކަން ނޫން އެހެން ކަމެއް ބޭނުން ނުވާ ނަޝީދަށް ރައީސް އިބޫ ވެރިކަން ކުރެއްވުމަކީ ކެތްކުރެވުނު ކަމަކަށް ނުވެ އިބޫ ނޫން ގޮތެއް ހޯދީއެވެ. އަންނި އައިގެން މަރުދިން އެއޮތް ބޮޑު އެމްޑީޕީ މިއަދު އެތިބީ އެއްވާނަކަށް އަންނި ނޫން ގޮތެއްގައެވެ. 

ޑރ. މުއިއްޒު ވެސް ހެޔޮވެރި ކަމެއް ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވަންޏާ އަންނިއާއި ޑިމޮކްރެޓްސް ނޫން ގޮތެއް ހޯއްދަވާށެވެ. ޑރ. މުއިއްޒުގެ ސަރުކާރެއްގައި ގާބިލުކޮންމެ މީހަކަށް ވެސް ފުރުސަތު އޮންނާނެ ކަމާއި ޑިމޮކްރެޓްސްއަށްވެސް ފުރުސަތު އޮތްކަމަށް ވިދާޅުވެލެއްވޭ އިރަށް މިހާ އަވަހަށް ދެއްކި ވާހަކަ ދެކޭށެވެ. މުއިއްޒު އިންތިހާބުވެ ވަޑައިގެން ރޫހާ ހިލާފަށް އިންޑިއާ ސިފައިންނަށް ރާއްޖޭގައި ޖާގަ ޑރ. މުއިއްޒު ސަރުކާރުގައިވެސް އޮތް ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކައިގަތީއެވެ. އެވެސް ދުނިޔޭގެ މީޑިއާގައެވެ. ކިތަންމެ ރީތި ވާހަކައެއް ފެށުމުގައި ދެއްކިޔަސް އަންނިއަށް އެހެން މީހަކު ވެރިކަމުގައި ހުންނަތަން ދެކޭކަށް ކެތެއް ނުވާނެއެވެ.

]]>
Mon, 09 Oct 2023 16:26:31 +0500 ހީރަސްނިއުސް
ޑރ. މުއިއްޒާ ދެކޮޅަށް ޔާމީންގެ މަޖިލިސް ކުޅިބައި! https://heerasnews.com/1892 https://heerasnews.com/1892 އިތުބާރުހުރި މަސްދަރު ތަކުން މައުލޫމާތު ލިބޭ ގޮތުން ޑރ. މުއިއްޒާ ދެކޮޅަށް ރައީސް ޔާމީންގެ މަޖިލިސް ކުޅިބައި އެތުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ. މިގޮތުން އެންމެ ފުރުޞަތު ބޮޑު އެ މަނިކުފާނުގެ ފޭވަރިޓް ފަރާތްތަކާ ވަކިވަކިން މަޝްވަރާ ކުރައްވަމުން އެބަ ގެންދަވައެވެ.

ރައީސް ޔާމީނު މަޖިލީހުގެ ކުޅިބައި ތަފާތުކޮށް އަތުރާލައްވަން ބޭނުންފުޅުވާ މައިގަނޑު ސަބަބަކީ ޑރ. މުއިއްޒު ވެރިކަން ކުރައްވާނެ ކަމަށް މިހާރު ރައީސް ޔާމީނަށް ގަބޫލު ކުރެއްވޭ ގޮތް ތަފާތުވުމެވެ. ފާއިތުވި ތަނުގައި ހިނގާދިޔަ ވެރިކަން ތަކުގެ ތަޖްރިބާއަށް ބައްލަވާ ރައީސް ޞޯލިޙް ކުރެއްވި ފަދަ ވެރިކަމެއް ރައިސް މުއިއްޒު ކުރައްވާނެ ކަމަށް ރައީސް ޔާމީނަށް ގަބޫލު ކުރެއްވެނީ ކަމަށް ބެލެވެއެވެ. ގިނަ ބަޔަކަށް ދަޢުވާކޮށް ޖަލަށްލުމުގެ ވިސްނުމާ ދެކޮޅު އަދި ވީވަރަކުން އެންމެން ގޮވައިގެން ގައުމުގެ ހަމަޖެހުމަށް އިސްކަންދޭ ދައުރެއް ރައީސް މުއިއްޒު ވެސް ފުރިހަމަ ކުރައްވާ ކަމަށް ރައީސް ޔާމީނަށް ވިސްނި ވަޑައި ގަންނަވަނީއެވެ.

އެހެންކަމުން ރައީސް ޔާމީނު މަޝްވަރާ ކުރެއްވި އަރިސް ގިނަ ބޭފުޅުން އެރުވި މަޝްވަރާއަކީ މަޖިލިސް އިންތިޚާބު ނިމެންދެން ރައީސް ޔާމީން ހުންނެވީ ރައީސް މުޢިއްޒާ އެކު ކަމަށް ދައްކަވާ އެގޮތަށް ކޮމެންޓް ކުރައްވަމުން ގެންދެވުމަށެވެ. އަދި މަޖިލިސް މެޖޯރިޓީ ލިބުމުން މަތީ ކޯޓްތަކުގެ ބެންޗް ބަދަލު ކުރައްވާ މިނިވަންވެ ވަޑައިގެން ރައީސް މުއިއްޒުގެ ވެރިކަން އަންނަ މަޖިލިހުގެ ތެރޭން ނިންމާލުމަށެވެ.

މިކަމަށް ބާރުދޭ ކަމަކީ ބުރާސްފަތި ދުވަހުގެ އިރުއޮއްސެމުން ދިޔައިރު މީޑިއާއިން ފެންނަ ސުރުޚީ ތަކެވެ. އެ ސުރުހީ ތަކުން އެނގެނީ ރައީސް ޔާމީންގެ ރާގު ބަދަލުވެ ޑރ މުއިއްޒަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމުގެ ސުރުޚީ ތަކެވެ. 

އަނެއްކޮޅުން ލިބޭ ޚަބަރަކީ ރައީސް ނަޝީދުގެ ބަދަލުގައި ރައީސް އިބޫގެ ތާއީދާ އެއްބާރުލެއްވުން ހޯއްދެވުމަށް ގިނަ ބައެއްގެ މަޝްވަރާ ލިބިވަޑައިގެން ރައީސް މުއިއްޒު ވެސް އެގޮތަށް ރައީސް ޞޯލިޙާ މަޝްވަރާ ކުރައްވަމުން ގެންދަވަން ނިންމެވި ޚަބަރެވެ.

ލަފާ ކުރެވޭ ގޮތުން ވޭތުވެ ދިޔަ ވެރިކަން ތަކުގެ ހުރިހާ ތަޖްރިބާއަށް ބައްލަވާ ރައީސް މުއިއްޒުގެ ކުރިއަށް އޮތް ދައުރު މައިގަނޑު ސިޔާސަތު ބިނާ ކުރައްވަނީ ރައީސް ޞޯލިހް ފަދައިން ބަދަލު ހިފުމެެއް ނެތް ރިޔާސީ ދައުރަކަށެވެ.

]]>
Fri, 06 Oct 2023 15:48:30 +0500 ހީރަސްނިއުސް
ބާލަންޖެހޭ އިންޑިއާ ސިންފައިންގެ މީހަކު މިހާރަކު ނެތް https://heerasnews.com/1888 https://heerasnews.com/1888 ރާއްޖޭގެ ބަސް ދުނިޔޭގައި ބުނަމުން އައިސްފައި ވަނީ ރާއްޖެއަށް އެންމެ ފަހި ގޮތަށެވެ. ވަކި ގައުމެއްގެ ވިސްނުމަކާ އެއް ގޮތަކަށް ނޫނެވެ. ރާއްޖެއަކީ އިންޑިއާގެ ދަރަނީގެ ދަންތުރައިގައި ޖެހި އަޅުވެތިވެފައި ތަނެއް ވެސް ނޫނެވެ. ރާއްޖެއަކީ އިންޑިއާ ސިފައިން އަރާ އަޅުވެތިކޮށްފައިވާ ގައުމެއް ވެސް ނޫނެވެ.

ރާއްޖޭގައި އަސްކަރީ ހަރަކާތެއްގައި އައިސް ހުރި އިންޑިއާ ސިފައިންގެ އެންމެ މީހަކު ވެސް ނެތް ކަމަށް ރައީސް ސޯލިހު ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވެފައެވެ. ގައުމީ ސަލާމަތީ ބާރުން އެކަން ވަނީ ކަށަވަރު ކޮށްދީފައެވެ. ރާއްޖޭގެ ސަރުކާރުގެ ބާރު ނުހިނގާ އެއްވެސް ތަނެއް ރާއްޖޭގައި ނެތް ކަމަށް ގައުމީ ސަލާމަތީ ބާރުން ދިވެހި ރައްޔިތުންނަށް ވަނީ ޔަގީން ކޮށްދީފައެވެ. 

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިންޑިއާއިން އަބަދުވެސް އިހުތިރާމް ކުރާކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވެސް އެތައް ފަހަރަކު ބުނެފައިވެއެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަނީ އެއްބަޑު އެއްބަފާ އަހުވަންތަ ގުޅުމެއް ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ. 

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިންވެސް އަދި މިހާރުވެސް އެ ހަގީގަތް ގަބޫލު ކުރައްވާނެއެވެ. އިންޑިއާ އައުޓް ހަރަކާތަކީ ހުރިހާ ކަމެއް ރަނގަޅަށް އެނގި ވަޑައިގެން ހުންނަވާ ކުރީގެ ރައީސް ޔާމީނު ދިވެހި ރައްޔިތުންނާ ދެކޮޅަށް ފެއްޓެވި ފިތުނައިގެ ހަރަކާތެކެވެ. އެކި ފަހަރު އެކި ޝިއާރު ހިއްޕަވައިގެން ރައީސް ޔާމީނު ހިންގެވި އިދިކޮޅު ހަރަކާތުގައި ވައިގާ ހިފީ އިންޑިއާ އައުޓެވެ. 

އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތައް ގުޅިގެން ފަރާވެރިވުމުގެ ނިޒާމެއް ގާއިމުކުރީ ހިނގަމުންދާ ފަސް އަހަރު ތެރެއަކު ނޫނެވެ. ދެހާސް ވަނަ އަހަރަށް ވުރެވެސް ކުރީން އެ ހަރަކާތް ވަނީ ފެށިފައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ތިލަދުން މަތީގައި ރާޑަރ ސްޓޭޝަނެއް ގާއިމުކޮށްގެން އެ މަސައްކަތް ފެށިހަނދާން ހުންނާނެއެވެ. ތާރީހުން އެގެން އޮންނާނެއެވެ.

އިންޑިއާކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ އެއްބަސްވުންތައް ހަދާ ފުޅާދާއިރާއެއްގައި އެމަސައްކަތް ފެށުނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ރާއްޖޭގައި އޮތް ހުރިހާ ސަރުކާރަކުން ވެސް އިންޑިއާއާއި އެކު ގިނަގުނަ މަސައްކަތްތައް އައީ ކުރަމުންނެވެ. 

ރާއްޖޭގައި އޮތް އިންޑިއާގެ ދެހެލްކޮޕްޓަރާއި ޑޯނިއަރ ބޯޓަކީވެސް އެއްބަސް ވުމާއެއްގޮތަށް އިންޑިއާކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ބޭނުން ކުރަން ރާއްޖޭގައި ބެހެއްޓިފައިވާ އިންޑިއާގެ ތަކެއްޗެވެ. އެހެންކަމުން އެތަކެތި އޮޕަރޭޓްކޮށް ބަލަހައްޓާ ހަދަނީވެސް އިންޑިއާއިންނެވެ. ސަރަހައްދު ބެލެހެއްޓުމުގެ އިތުރަށް އެ ހެލްކޮޕްޓަރތައް ހުރުމުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ.

ފުރާނައަށް ނުރައްކާވެގެން ބަލިމީހަކު ކުއްލިއަކަށް އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި ހެލްކޮޕްޓަރތައް އޮތުމުން މީހުންގެ ފުރާނަ ސަލާމަތް ކުރެވެއެވެ. މޫސުން ގޯސްވެގެންނާއި އެހެނިހެން ހާދިސާތައް ދިމާވެގެން ކަޑުމަތީގައި ގެއްލޭ މީހުންނާއި އޮޑި ދޯނި ފަހަރު ހޯދުމުގައި އިންތިހާ ދަރަޖައަށް ހެލްކޮޕްޓަރއާއި ޑޯނިއަރ ބޯޓުގެ އެހީތެރިކަން ރައްޔިތުންނަށް ލިބެއެވެ. އެހެނެއްކަމަކު އެތަކެތި ހަމަ ބޭރުކޮށްލަން ވީހެއްޔެވެ.

އަނެއްކޮޅުން ރާއްޖޭގެ މިލިޓަރީ ހޮސްޕިޓާ ކަމުގައިވާ ސެނެހިޔާ ހޮސްޕިޓަލްގައި އިންޑިއާގެ މިލިޓަރީ ޑޮކްޓަރުންނާއި ސްޕެސަލިސްޓުން ދައުރުވާ ގޮތުގައި މަސައްކަތް ކޮށްދެއެވެ. ޔޫޓީއެފްގައި އެމްއެންޑީއެފަށް އިންޑިއާއިން ހިލޭ އަޅާދޭ މިލިޓަރީ ޑޮކްޔާޑާއި ކޯސްޓްގާޑް ބަނދަރު ހެދުމުގެ މަސައްކަތާއި ހަނިމާދުއާއި ކައްދޫގައި އެމްއެންޑީއެފުން ހިންގާ ކަންކަމުގައި އިންޑިއާގެ އަޝްކަރިއްޔާއިން އެމްއެންޑީއެފަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާނެ ކުޑަވެސް ކަމެއް ހިނގަނީއެއް ނޫނެވެ. 

ރައްޔިތުން ޖަޒްބަތުގައި ޖައްސައިގެން އިންޑިއާ އައުޓު ކުރަން އިންތިހާބު ކުރެވުނު ރައީސް ޑރ. މުއިއްޒަކަށް ވެސް މި ރާއްޖޭން ބާލާނެ އިންޑިއާ ސިފައިންގެ މީހަކު ފެނިވަޑައެއް ނުގަންނަވާނެއެވެ. އެމްއެންޑީއެފަށް ބޭނުންވެގެން ކުރެވޭ މަސައްކަތުގައި އުޅުމަށްފަހު ޑިއުޓީ ބަދަލު ކުރުމުގެ ގޮތުން ރާއްޖޭން ބަޔަކު ފުރާ ދުވަހަކުން އިންޑިއާ ސިފައިން ފުރުވާލާ ކަމުގެ ޑަމީއެއް ޖެއްސެވި ދާނެއެވެ. ހަގީގަތުގައި މި ރާއްޖޭގައި ބާލަންޖެހޭ އިންޑިއާ ސިފައިންގެ މީހަކު ނެތެވެ.    

]]>
Thu, 05 Oct 2023 10:35:06 +0500 ހީރަސްނިއުސް
ޔާމީނު މިނިވަން ކުރަން ގޮވައިގެން ނުވާނެ: މުއިއްޒު https://heerasnews.com/1882 https://heerasnews.com/1882 ކިހާ ރީތި ހެއްޔެވެ. ރައީސް ޔާމީނަށް ހަރާން ހުކުމެއްކަމަށް ގޮވާލާ މަގުމައްޗަށް މީހުން ނެރުނެވެ. ރައީސް ޔާމީނަށް ލިބެމުން ދަނީ ހައްގު އަދަބެއް ނޫން ކަމަށް ބުނެ ވަކާލާތު ކުރިއެވެ. މުޅި ޕީޕީއެމްގެ ރޫހު އޮތީ ރައީސް ޔާމީނު މިނިވަން ކުރުމާ ގުޅިފައެވެ. ޕީޕީއެމްގެ ބޮޑު ފައުޖު އެއްވާނަކަށް ނިކުމެ ޑރ. މުއިއްޒަށް ވޯޓު ދިނީ ރައީސް ޔާމީނު މިނިވަން ކުރުމަށެވެ. އިންޑިއާ އައުޓާއި ކަނޑުވިއްކާލުން އަންނަނީ އޭގެ ފަހަތަށެވެ. 

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި ޑރ. މުއިއްޒަށް ތާއީދު ހޯދުމަށް ޕީއެންސީގެ މަޑު ނޫކުލައެއް ޕީއެންސީގެ އުދުހޭ އަސްދޫންޏެއް ނުފެނެއެވެ. މުޅި ރާއްޖޭގައި އެކީ އެކައްޗަކަށް އޮތީ ޕީޕީއެމުގެ ފިޔާތޮށި ކުލަޔާއި ޕީޕީއެމުގެ ބަޅުރުކެވެ. ބިޔަ ބޮޑެތި ބިލް ބޯޑްތަކާއި ޕޯސްޓަރުގައި ހުންނަނީ ރައީސް ޔާމީނުގެ ފޮޓޯއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރީ ރައީސް ޔާމީނޭ ބުންޏަސް ފާފައެއް ނުވާނެއެވެ. 

ވީގޮތެއްވެ ޖަޒުބާތުގައި ޖެހި ހިނގަމުން އައި ހެޔޮވެރި ކަމެއް ފޭލިކޮށްލާ އޮޅުވާލުމުގެ ތެރެއިން ޑރ. މުއިއްޒަށް ވެރިކަމާ ހަމައަށް ވާސިލު ވެވިއްޖެއެވެ. ވެރިކަމާ އަދި ހަވާލު ނުވެވެނީސް އަސްލު ސިފަ ފާޅުވެ ބުޅާ ގޯނިން ބޭރުވާން ފަށައިފިއެވެ. ވެރިކަމަށް އައުމަށްޓަކާ އަޑު އުފުލުނު ބޮޑެތި ކަންކަން ފިނިކޮށް އާދައިގެ ކަންކަމަށް ހަދަން ފަށައިފިއެވެ. 

ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވާލާ މަގުމައްޗަށް ނިކުތުމަކީ ކޮށްގެން ވާނެ ކަމަކަށް މިހާރަކު ނުވިއެވެ. ވެރިކަމުގެ ހުވާ ކުރާނީ ރައީސް ޔާމީނުގެ އަތުގައި ހިފައިގެން ހުރެކަމަށް ބުނި މީހާއަށް އެދެވުނީ ރައީސް ޔާމީނު ގެއަށް ގެނެސް ދިނުމަށެވެ. ރައީސް ޔާމީނު ދޫކޮށްލަން ގޮވާލުމުގެ ޑިމާންޑް ލެވެލް ޒީރޯއަށް ދަށް ކޮށްލައިފިއެވެ. ގާނޫނީ ގޮތުން ކުރެވެން ނެތް ކަމަކަށް ވެގެން ރައީސް ޔާމީނު މިނިވަން ނުކޮށް ބެހެއްޓެން  އޮތްހާ ދުވަހަކު ނުބަހައްޓާނެ އެއްވެސް ޔަގީން ކަމެއް މިހާރަކު ޕީޕީއެމްގެ ވަފާތެރިންނަކަށް ނުއޮންނާނެއެވެ.

އިންޑިއާ އައުޓުވެސް ހަމަ އެފަދައެވެ. އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުބަހައްޓާ ބޭރު ކުރަން ހޮވި ރައީސްގެ މިހާރުގެ ވާހަކަ ހުރިގޮތް ދެކޭށެވެ. އިންޑިއާ އައުޓް ކުރަން ނިކުތް މީހުން އިންޑިއާ ފަސްޓް ޕޮލިސީ ތަންފީޒު ކުރުމަށް ފޫގެޅީއެވެ. ނަމުގައި ޕްރޯ މޯލްޑިވްސްއެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ހަދާފައިވާ އެއްބަސްވުން ތަކުގައި ގައުމީ ސަލާމަތާ މިނިވަންކަމަށް އަސަރެއް ކުރާނެ އެއްވެސް ކަމެއް އޮތްކަމަށް ނުވެ ހުރިހާ އެއްބަސްވުމެއް ހަލާލުވާކަށް މާލަހެއް ނުވާނެއެވެ. އުތުރު ތިލަފަޅުގައި ބިނާކުރާ ޑޮކްޔާޑަކީ ކޮންމެހެން ހަދަންޖެހޭ ތަނެއް ކަމުގައިވެ ޔޫޓީއެފް އެއްބަސްވުމަކީ ދަމަހައްޓަން ޖެހޭ އެއްބަސްވުމަކަށް ވެގެން ދާނީ ވަރަށް އަވަހަށެވެ.

އިންޑިއާގެ ހެލްކޮޕްޓަރތަކާއި ޑޯނިއަރ މަތިންދާ ބޯޓުގެ މުހިންމުކަން ބޮޑުވެ ހިންގާ ބެލެހެއްޓުމާ ކުރަންޖެހޭ ހަރަދަށް ބަލާއިރު އެ ތަކެތީގެ އޮޕަރޭޝަންގައި އިންޑިއާ ސިފައިން ބޭތިއްބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެގެން ދާނެއެވެ. ހެލްކޮޕްޓަރތައް ފޮނުވާލުމުގެ ބަދަލުގައި އިތުރު ހެލްކޮޕްޓަރ ގެނައުމުގެ މުހިންމުކަން ބޮޑުވެގެން ދާނެއެވެ. އިންޑިއާ ސިފައިންނާ ގުޅުވައިގެން ކީހާ ޅެން ފަރިއްސަށް ދެން ވާކަށް މާގިނަ ދުވަހެއް ނެތެވެ.

]]>
Tue, 03 Oct 2023 13:30:28 +0500 ހީރަސްނިއުސް
މުއިއްޒަށް: ޖަމީލުގެ ފިތުނައިން ގައުމު މިންޖު ކޮށްދެއްވާ https://heerasnews.com/1878 https://heerasnews.com/1878 ރިޔާސީ އިންތިހާބު ނިމިއްޖެއެވެ. ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަކީ ވެސް ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ނުހަނު ބޮޑަށް ލިބިފައިވާ ދެ ކެންޑިޑޭޓުންނެވެ. ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަ ކުރެއްވިއިރު ދެވަނަ ބުރަށް ވަޑައިގެން ދެ ކެންޑިޑޭޓުންނާ ގާތަށްވެސް އެހެން ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައެއް ނުގަނެއެވެ. ފުރަތަމަ ބުރުގެ ނަތީޖާއިން ރައްޔިތުންގެ ތާއީދު އޮތްގޮތް ވަރަށް ބޮޑަށް ސާފުކޮށް އެގިއްޖެއެވެ. 

އެހެނަސް ރާއްޖޭގެ ވެރިކަން ކުރާ ކޮންމެ ވެރިއަކާ ވެރިކަމަކާ ގުޅުވައިގެން ޑރ. ޖަމީލު އިސްވެ ހުކުމެއް ނުކުރާ ވެރިކަމެއް ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް ނުދެކެއެވެ. ރައީސް މައުމޫނަށް ޖަމީލު އެވަރުކޮށްލިއެވެ. ރައީސް ނަޝީދު ދިގުމުއްދަތަށް ޖައްލަށްލާން އާއްމުކޮށް އެތައް އެއްވުމެއްގައާއި އެތައް ތަނެއްގައި ތަކުރާރުކޮށް ގޮވިއެވެ. ގާނޫނީ ހުއްޖަތްތައް ދައްކަމުންނެވެ. 

ރައީސް ޔާމީނަށް ޖަމީލު ނުކުރާވަރެއް ނެތެވެ. ވަގަށް ގޮވާ ހާމަކަން ބޮޑު ގޮތެއްގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ އުމުރު ދުވަހު ޖަލުގައި ބޭއްވުމަށް އަމިއްލަ ދުލުން ހުކުން ކުރަމުން ދުވިއެވެ. ޖަމީލު ތުހުމަތުކުރި ހުރިހާ ކުށަކުން ރައީސް ޔާމީނު ދިފާއު ކުރުމަށް ކޯޓުތަކުގައި އެ ދުވަނީ ވެސް އެ ޖަމީލެވެ.

ޖަޒްބާތުގައި ޖެހި ތަހުގީގު ކުރުމެއް ޝަރީއަތް ކުރުމެއް ނެތި މީސްމީހުނަށް އަދަބު ކަނޑައެޅުމާއި ހައްގުތައް ހިފަހައްޓަން ގޮވާލުމަކީ ޑރ. ޖަމީލުގެ އާދައެކެވެ. ގާޒީކަމާއި ރާއްޖޭގެ ޖަސްޓިސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަން ކުރައްވަފައި ހުންނެވި ގާނޫނީ މާހިރަކު އެދަރަޖައަށް ވެއްޓުމަކީ ގާނޫނީ ފަންނަށް ވެސް ކުރެވޭ މަލާމާތެކެވެ. ފުރައްސާރައެކެވެ. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ނުރައްކާތެރި ކަމެކެވެ. 

މިވަގުތު އިންތިހާބީ ރައީސް ޑރ މުއިއްޒަށް ތާއީދު ކުރައްވައިގެން ހުންނަވާ ޑރ. ޖަމީލު އެކުރައްވަނީ އަނެއްކާވެސް ގައުމު ފަސާދަ ކުރުމުގެ މަސައްކަތެވެ. ޑރ. މުއިއްޒާމެދު ރައްޔިތުންގެ އިތުރު ބަޔެއްގެ ނަފްރަތު އިތުރު ކުރުވުމުގެ މަސައްކަތެވެ. 

ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރުމާއިއެކު އިންތިގާލީ މަަރުޙަލާގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ދެ ކަމެކޭ ބުނެ ޑރ. ޖަމީލު ފަސާދައިގެ ވާހަކަ ތަކެއް ފަތުރާ ފިތުނައިގެ ހުޅު ރޯކުރަން ފެށީއެވެ. ނިމެމުންދާ ވެރިކަމުގައި ގޯސްތަކެއް ހަދާފައި ހުރިކަމަށް ތުހުމަތު ކުރެވޭނަމަ ކަމަބެހޭ މުއައްސަސާ ތަކުގެ ސަމާލު ކަމަށް އެކަމެއް ގެނައުމަކަށް ހުރަހެއް ނެތެވެ. ރާއްޖޭގައި ފުލުހުންނާއި އެންޓިކޮރަޕްޝަން ކަމިޝަނަކާއި އޮޑިޓަރ ޖެނެރަލެއް އެބަހުއްޓެވެ. އޭރުން އެތަނަކުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެއެވެ. އެތަންތަނުން އެކަށީގެންވާ ފިޔަވަޅެއް ނަޅައިފިނަމަ ވެރިކަމާ ހަވާލުވެ ވަޑައި ގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް މުއިއްޒު ކުރެއްވީމާ ނިމުނީއެވެ. ރައްޔިތުންގެ ތެރޭގައްޔާއި ސޯސަލް މީޑިއާގައި ޑރ. ޖަމީލު ޔޯ ގޮވާ ހަޅޭފަޅޭ ޖެއްސަސް ވާނެކަމެއް ނުއޮންނާނެއެވެ. އެ ބުނާ ޒާތުގެ ކަމެއް ހިނގިޔަސް ހުއްޓުވަން ޖަމީލަށް ކުރެވޭނެ ކަމެއްވެސް ނުއޮންނާނެއެވެ. 

ރައްޔިތުންގެ ތެރޭގައި ޝައްކު އުފައްދާ ރައްޔިތުން ނުތަނަވަސް ކުރުވުން ނޫންކަމެއް ޑރ. ޖަމީލަށް ކުރާކަށް ނޭނގެއެވެ. ވަކިވަކި މީސްމީހުންގެ ނަންތައް ބޭނުން ކޮށްގެން ބޮޑެތި ތުހުމަތުތައް ޖަމީލު މިހާރު ކުރާއިރު އެމީހުންނާ ގުޅިފައިވާ އާއިލަތަކާ އެ މީހުންގެ އަނބިދަރިންނާ ސަޕޯޓަރުން ތިބޭނެކަން ޖަމީލަކަށް ނޭނގެއެވެ. ޝަރީއަތަށް ސާބިތު ކުރުމެއްނެތި ތުހުމަތު ތަކެއް ބައެއްގެ މައްޗަށްކޮށް އަބުރު ކަތިލާއިރު އެ މީހުންގެވެސް ހިތާ ފިތް އެއީ އޮންނަ އެއްޗެއް ކަން ނޭގޭތީ ދެރައެވެ. ރޯކުރާ ނަފްރަތުގެ އަލިފާނުން އަނދާ ހުލިވެގެން ދާނީ ކޮންތަނެއް ކިހާވަރަކަށް ކޮން އިރަކުންކަން ޑރ. ޖަމީލަށް އެނގޭބާއެވެ. 

ޑރ. މުއިއްޒެވެ. ކުށެއް އެމީހެއްގެ މައްޗަށް ސާބިތު ނުވާ ކޮންމެ މީހަކީ ވެސް ކުށްވެރިއެއް ނޫންކަމުގެ މަފްހޫމު ޑރ. ޖަމީލަށް ދަސްކޮށްދެއްވާށެވެ. މި ރާއްޖޭގައި އަމާން އޮމާން ސުލްހަވެރި މުޖުތަމައެއް ބާއްވަވައިގެން ހެޔޮވެރިކަމެއް ކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާ ނަމަ ޑރ. މުއިއްޒު ކުރައްވަންވީ ފުރަތަމަ ކަމަކީ ޑރ. ޖަމީލު ސައިޒް ކުރެއްވުމެވެ. މަނިކުފާނުގެ ވެރިކަމުގެ އެންމެ ބޮޑު ކަތުރުފަންޏަކަށް ވެގެންދާނީ ޑރ. ޖަމީލު ނޫން ދެވަނަ މީހެއް ނޫނެވެ.   

]]>
Mon, 02 Oct 2023 14:17:19 +0500 ހީރަސްނިއުސް
ބަދަލުގެ ނަތީޖާ ކިހާވަރަކުން ދާނެބާ! https://heerasnews.com/1871 https://heerasnews.com/1871 ރައްޔިތުންގެ ނިންމުން ސާފެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކޮށްފިއެވެ. ރައީސް ސޯލިހާ ދެކޮޅަށް ބޮލަށް ލައިގެން ހިނގި ނަފްރަތުގެ ދޮލަނގު ވިކިއްޖެއެވެ. ރައީސް ޔާމީނުގެ ހިޔަނީގައި ނިކުތް ޑރ. މުއިއްޒު ކުރިއަށް އޮތް ދައުރުގެ ރައީސް ކަމަށް އިންތިހާބު ކޮށްފިއެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެއެވެ. 

އިންތިހާބީ ރައީސަށް މަރުހަބާއެވެ. ޑރ. މުއިއްޒުގެ ވެރިކަމުގައި އިންޑިއާ ސިފައިން ބޭރުކުރާ ތަން މިތިބީ ބަލާށެވެ. ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދާތަން މިތިބީ ދެކޭށެވެ. ވިއްކާލި ކަމަށް ބުނާ ކަނޑު ހޯދައިގެން ރާއްޖޭގެ މަސްވެރިންގެ ޖީބުތައް ފުރާލާތަން ދެކެން ތިބޭނަމެވެ. ވަޒީފާތަކުގައި ތިބި މީހުން ނުކަނޑާ ތަފާތުނުކޮށް ވެރިކަން ކުރާތަން މިތިބީ ދެކޭށެވެ. 

ޝަރީއަތަށް އަތް ނުބާނާ ރައީސް ޔާމީނު މިނިވަންކޮށް ދޫކޮށްލާތަން މިތިބީ ދެކޭށެވެ. މިނިވަން ނޫސްވެރިކަމާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ތައްމިނައް ދީގެން ޑިމޮކްރަޓިކް ޖަވާބުދާރީވާ ސަރުކާރެއް ހިންގާގޮތް ދެކޭނަމެވެ. ދައުލަތުގެ ސިއްރެއް ނެތި ފޮރުވާނެ އެއްޗެއްނެތި ދެފުށް ފެންނަ ސަރުކާރެއް ހިނގާތަން ދެކޭނަމެވެ. ގޭންގް މާރާމާރީއާއި ތަޅާފޮޅުމާ ދީނީ ހައްދުފަހަނަ އެޅުން ފުހެލާ ވައްކަމާ ހިޔާނާތުން ހުސްވެގެންވާ ގައުމަކަށް ރާއްޖެ ހަދާދޭތަން ދެކޭނަމެވެ. 

ބޯހިޔަވަހިކަން ކޮންމެ މީހަކަށް ކަށަވަރުވެ އާމްދަނީގެ ފައިދާ ރައްޔިތުންނަށް ތަފާތުނުކޮށް ބެހިގެން ދާތަން ދެކޭނަމެވެ. ރާއްޖޭގެ ކަންކޮޅުގައި ފެށިފައިވާ އަސާސީ ހިދުމަތްތައް ގާއިމުކުރުން ނުހުއްޓި ބާރު ސްޕީޑްގައި ގޮސް ނިންމާލާތަން ދެކޭނަމެވެ. 

ދިވެހިރާއްޖޭގައި އުޅޭ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ ވަސްފުހެލާތަން ދެކޭނަމެވެ. އިސްލާމީ ޝަރީއަތާއި އެއްގޮތަށް ހުރިހާ ގާނޫނު ތަކެއް ބަދަލުވެ ދީނުގެ ހައްދު ގާއިމު ކުރާތަން ދެކޭނަމެވެ. ހައްދު ޖެހުމާ ރަޖަމް ކުރުމާ ގިސާސްހިފާ އިސްލާމީ ވެރިކަމެއް ހިންގާ މަންޒަރު ދެކޭނަމެވެ. ރިބާ ނައްތާލާ ކޮރަޕްޝަނާއި ރިޝްވަތުން މިންޖުވެފައިވާ ގައުމަކަށް ރާއްޖެ ހަދާތަން ދެކޭނަމެވެ. ހަށިވިއްކުމާއި ބަނގުރާ ވިއްކުން ހުއްޓުވާލާތަން ދެކޭނަމެވެ. ފަނޑިޔާރުންގެ ގޮތުގައި އަންހެނުން ތިބުން ނިމުމަކަށް ގެނެސް މަދަރުސާތަކާއި އޮފީސްތަކުގައި ބުރުގާ އަޅާ ރަނގަޅަށް ނިވާވެގެން ނޫން ގޮތަކަށް އަންހެނަކަށް ނޫޅެވޭ ގޮތަށް އުސޫލތައް ބަދަލުކޮށް ތަންފީޒު ކުރާތަން ދެކޭނަމެވެ. އިސްލާމީ ޝަރީއާގެ ހުރިހާ ކަމެއް ގުރުއާނާ ސުންނަތާ އެއްގޮތައް ގާއިމުކޮށް ތަންފީޒުކުރާ މަންޒަރު ދެކޭނަމެވެ. 

ރާއްޖޭގެ އިގްތިސާދު ދެގުނަކޮށް ތަކެތީގެ އަގު ބޮޑުތަނުން ތިރިކޮށް، ކުރާނެކަމެއް ނެތިފާ އެއްވެސް ރައްޔިތަކު ހުންނަން ނުޖެހޭ ވަރަށް ފުރުސަތުތައް އޮއްސާލާތަން ދެކޭނަމެވެ. ދަރަނިތައް ފިލުވާ ބަޖެޓް ޝަރޕްލަސް ކޮށްގެން ހިންގާ ވެރިކަމެއް ދެކޭނަމެވެ. ބޭސްފަރުވާގެ ފެންވަރު މަތިވެ ރާއްޖޭން ފަރުވާ ހޯދުމަށް ބޭރު ދުނިޔޭން މީހުން އަންނަތަން ދެކޭނަމެވެ. 

ހާސްކަމެއް ކަންބޮޑުވުމެއް ނެތް ދިވެހިންގެ ރާއްޖެ ދިވެހިން ހޯދައިގެން ދިވެހިން އުޅޭނެ ގޮތް ހިތައް ވަދެއެވެ. ދިވެހިންގެ ހުވަފެންތަކުގެ ކުޑަ މިންވަރެއް ވެސް ޑރ. މުއިއްޒަށް ހާސިލުކޮށް ދެވިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ބަދަލުގެ ނަތީޖާ ކިހާވަރަކުން ދާނެބާވައެވެ.

]]>
Sun, 01 Oct 2023 11:48:43 +0500 ހީރަސްނިއުސް
މާލޭން ގޯތި ދިނުން ހުއްޓުވަން އިދިކޮޅުން އެންޓި ކޮރަޕްޝަނަށް https://heerasnews.com/1863 https://heerasnews.com/1863 ރައީސް ސޯލިޙް ތަކުރާރުކޮށް ވިދާޅުވަނީ މިހާރު އެދާ ގޮތަށް ގޮސް، މިއަންނަ ނޮވެމްބަރ 5 ގައި މާލޭ ރައްޔިތުންނަށް ގޯތިކަނޑާ ރަޖިސްޓްރީ ކޮށްދީ އަންނަ ރިޔާސީ ދައުރު ފެށުމުގެ ކުރިން ނިންމާނެ ކަމަށެވެ. ކޮންމެ މީހެެއް ނަމަވެސް، އަންނަ ދައުރަށް ހުވާ ކުރާނީ އޭގެ ފަހުންނެވެ. 

އެހެން ނަމަވެސް އިއްޔެ އެވަނީ މާލޭ މީހުންނަށްދޭ ގޯތީގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްއިދިކޮޅުން ވައްދާފައެވެ. ހޮވިއްޖެނަމަ މާލޭ ރައްޔިތުންގެ ގޯތިތައް އަތުލުމުގެ ބަހަނާ ހަމަ ރަނގަޅަށް މުއިއްޒު މިއޮތީ އުފަންކޮށްފައެވެ. 

މުއިއްޒަށް އޮޅުމަކުން ވެރިކަމަށް އާދެވުނަސް ހަތަރެސްކަން ހަމަވީއެވެ. އެންޓިކޮރަޕްޝަން ކޮމިޝަންގައި މައްސަަލަ އޮވެގެން މާލޭ ރައްޔިތުންނަށް ރައީސް ޞޯލިޙް ދެއްވި ހައްގު ހަލާލު ގޯތިތަކުން އެންމެ މާލޭ މީހަކަށް ބިމުގެ އަކަ އިންޗިއެއް ނުދީ ކުރިން ކަންކުރި ގޮތަށް އެ ބިންތައް މުއިއްޒު ވިއްކާނީއެވެ. ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ހަރަދު ހަމަޖެއްސުމުގެ ބަހަނާ ދައްކަމުންނެވެ.

ވާދޫކަނޑު ހުރަސްކޮށް ބިޔާދު އަތޮޅުގައި އޮތް ފުށިދިއްގަރު ފަޅުގެ އަވާގަައި މާލޭ ރައްޔިތުން ޖެހިއްޖެނަމަ މާލޭ މީހުންގެ މުސްތަގްބަލް ގެއްލުނީއެވެ. 

މާލޭން ގޯތި ލިބުނު މުއިއްޒުގެ ކެމްޕޭނުގައި އުޅޭ މާލޭ މީހަކު ބުންޏެވެ. "ކެމްޕޭނުގައި އުޅުނަސް ވޯޓެއް ނުދޭނަމެވެ. އެއީ މަގޭ ގޯތި ދޭނީ ސޯލިޙްކަން މަށަށް ޔަގީނެވެ."

]]>
Thu, 28 Sep 2023 07:23:08 +0500 ހީރަސްނިއުސް
ވެރިކަމަށް އަރުވަން މަސައްކަތްކުރިޔަސް ވަޒީފާއެއް ނުދެވޭނެ: މުއިއްޒު https://heerasnews.com/1853 https://heerasnews.com/1853 މުއިއްޒު ވެރިކަމަށް އެރުވޭތޯ ހޭބޯ ނާރާ ބަޔަކު އެބަ މަސައްކަތްކުރެއެވެ. އެމީހުން އެ މަސައްކަތް ކުރަނީ ވަރަށް ފޮނި އުންމީދެއްގައެވެ. ފިސާރި މޮޅުތަކެއް ވާނެ ކަމަށެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެމޮޅެއް އެމީހުންނަށް ވާކަށް ނެތެވެ. 

މުއިއްޒު ވެރިކަމަށް އައުމަށް ގިނަގުނަ ހޮޅި ވައުދުތައް ދަނީ ވަމުންނެވެ. މުއިއްޒު ވަމުންދާ ގިނަ ވައުދަކީ ޕީޕީއެމް މީހުނަށާއި މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ އެހެން މީހުންނަށް މާޔޫސްކަމާ ހާސްކަން އިތުރުކޮށްދޭ ވައުދުތަކެކެވެ. ވެރިކަމަށް ގެންނަން މަސަކަތް ކުރެވުނު މޮޔަ އެ މީހުނަށް ހީވާނެ ހޮޅި ވައުދު ތަކެކެވެ. 

މުއިއްޒު ވެރިކަމަށް އައުމަށްޓަކާ ރައީސް ސޯލިހުގެ ސަރުކާރާ ދެކޮޅަށް އެންމެ ބާރަށް ދައްކާ އެއް ވާހަކައަކީ ބޭނުންވާ ވަރަށް ވުރެ އިތުރަށް ވަޒީފާ އުފައްދައިގެން އެތައް ހާސް ބަޔަކަށް ވަޒީފާ ދީގެން އުޅޭ ވާހަކައެވެ. ބޭކާރު ގޮތުގައި އެތައް ހާސް ބަޔަކަށް މުސާރައާއި އިނާޔަތްތައް ދޭތީ ދައުލަތުގެ ހަރަދު ބޮޑުވެ މުސާރަ ނުދެވޭ ވަރަށް ދައުލަތް ދަރާފައިވާ ވާހަކައެވެ. ރަށްރަށުގައި މީހުނަށް ވަޒީފާ ދިން ދިނީނުން މަހަށް ދާނެ މީހުން ނެތި މަސްދޯނި ފަހަރު މަހަށް ނުފުރިފާ ތިބި ވާހަކައެވެ. ބޭކާރު ވަޒީފާ ތަކެއް ބަޔަކަށް ދިނުމުން ސަރުކާރުގެ ހަރަދުތައް ބޮޑުވެ ގައުމު ބަގުރޫޓް ވަމުންދާ ވާހަކައެވެ.

އެހާ ބޮޑު ބިރުވެރިކަމެއް ގައުމަށް ކުރިމަތި ވެފައި އޮތްކަމަށް ވާހަކަ ދައްކަމުން އެ ވާހަކަ ތަކާ ދިމާ އިދިކޮޅު ހޮޅި ވައުދެއް މުއިއްޒު ވަނީ ވެފައެވެ. މިސަރުކާރުން ވަޒީފާ ދިފައިހުރި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ވައުދެވެ. މި މޫސުމުގައި މި ސަރުކާރުން މީހަކު ވަޒީފައިން ވަކިކޮށްފިނަމަ އެ މީހަކަށް މުއިއްޒުގެ ވެރިކަމެއްގައި ވަޒީފާ ދޭނެކަމަށް ވާ ވައުދެވެ.

ނުކުޅަދާނަ ވަރަށް ބޭކާރު ގޮތުގައި މި ސަރުކާރުން މީހުނަށް ވަޒީފާ ދީފާ ތިބި ކަމަށް މުއިއްޒު ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އަނެއްކޮޅުން މުއިއްޒުގެ ވެރިކަމެއްގައި އެއިން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް އަޑަށް ބާރުލާފައި ތަކުރާރުކޮށް ބުނެއެވެ. އެހެން ކަމަށް ވާނަމަ ދަރަނިވެރިކަން އިންތިހާއަށް ގޮސް ދަރަނި އަދާކުރެވޭނެ ގޮތް ހުސްވެ ބަނގުރޫޓް ވަމުންދާ ކަމަށް މުއިއްޒުމެން ބުނާ ގައުމެއްގައި ބަޔަކު ވަޒީފާއިން ވަކި ނުކޮށް އިތުރު ބަޔަކަށް ވަޒީފާ ދެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.

މިހާރު ވަޒީފާގައި ތިބި މީހުން ވަޒީފާ ބައިތިއްބައިގެން އެހެން ބަޔަކަށް ދެވޭނެ ވަޒީފާއެއް ސަރުކާރުގައި ނުއޮންނާނެއެވެ. މިހާރު ލިބޭ މުސާރައަށް ވުރެ ދެގުނަ ބޮޑުކޮށް ތިބި މީހުނަށް މުސާރަ ދޭން ވީ ވައުދާ ގުޅިގެން ހަރަދު ދެގުނައަށް ބޮޑުވެގެން ދާނެއެވެ. އެކަމަކު ސަރުކާރު ކުޑަކޮށް ހިންގުމުގެ ހަރަދު ކުޑަކުރަން މަތިމައްޗަށް މުއިއްޒު ދަނީ ވައުދު ވަމުންނެވެ. 

މުއިއްޒު ބުނާ ކަހަލަ އިގުތިސާދުގައި ދަރަނިވެރިކަން ނޫން އެއްޗެއް ނެތް ސަރުކާރަކާ ހަވާލުވުމުން ވެރިކަމަށް ގެނަސްދޭން ގައިވީދުނު މީހުނަށް ދެވޭނެ ވަޒީފާއެއް މުއިއްޒަކަށް ނުއޮންނާނެއެވެ. އަމްދުން ވަޒީފާގައި ތިބި މީހުން ވަކިނުކޮށް ބައިތިއްބައިގެން ވެރިކަން ހޯދަދޭން މަސައްކަތް ކުރިމީހުނަށް އަނެއްކާ އިތުރު ވަޒީފާތައް ދެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ވެރިކަމަށް ގެންނަން މަސައްކަތް ކޮށްދިން މީހުނަށް ވަޒީފާތަކެއް ދީފިނަމަ މުއިއްޒުމެން ބުނާގޮތުން ދައުލަތް ބޮކިޖަހާފާ ދާނީ އަޑިއަށެވެ. ވެރިކަމަށް އައިސް ކުޑަކުރަން ބުނާ ސަރުކާރު ބޮޑުވެގެން ގޮސް ފުއްޕާހަމެއް ގޮތަށް ފުފި އެންމެ ފަހުން ދާނީ ފަޅައިގެނެވެ. ވެރިކަން ހޯދަދޭން މަސައްކަތް ކުރި އެންމެން ތިބޭނީ ވަޒީފާ ނުލިބި މަގުމަތީގައެވެ. 

ކަންކަން ހުރި ގޮތަށް ބަލާއިރު މިހާރު ވަޒީފާގައި ތިބި ގިނަ ބަޔަކަށް މުއިއްޒުގެ ވެރިކަމެއްގައި ވަޒީފާ ނުގެއްލޭނެކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. ވަޒީފާގައި ތިބި މީހުނަށް ވަޒީފާގެ ޔަގީންކަން އޮތިއްޔާ ވެރިކަމަށް ގެނެސްދޭން މަސައްކަތް ކުރާ ގިނަ ބަޔަކަށް ވަޒީފާ ލިބޭނެ ކަމުގެ ޔަގީން ކަމެއް ނުއޮންނާނެއެވެ. 

ގައުމާ ރައްޔިތުންނަށް މިހާރަށް އޮތް އެންމެ ހެޔޮ ރަނގަޅު ގޮތަކީ ދައުލަތް ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީން ކަން ދެއްވާ ރައީސް ސޯލިހަށް އިތުރު ދައުރެއް ދިނުމެވެ. ވަޒީފާގައި ތިބި މީހުން ވަޒީފާއިން ވަކިނުވެ ތިބެވޭނެ ކަމަށް އޮތް ޔަގީން ކަމަކީ އެއެވެ. ގައުމުގެ ހާލަތު އަލުން ދަސްކުރަން ނުޖެހޭނީ އޭރުންނެވެ. ގެނެވޭ ބަދަލަކުން އިގުތިސާދަށް ލޮޅުމެއް ނާރާނީ އޭރުންނެވެ. ރޭވި ތަރުތީބުވެފަވާ ގޮތަށް ގައުމު ހަމަ މަގަށް އެޅުވޭނީ އޭރުންނެވެ. ވަޒީފާ ނުގެއްލި ވަޒީފާ ދެމިއޮންނާނެކަމުގެ ޔަގީންކަން މުއައްޒަފުންނަށް އޮންނާނީ އޭރުންނެވެ.

]]>
Fri, 22 Sep 2023 10:07:41 +0500 ހީރަސްނިއުސް
އެހެން ދީންތައް އިސްތިހާރު ކުރުމުގައި އިދިކޮޅު ވަރުބަލި https://heerasnews.com/1852 https://heerasnews.com/1852 ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ޖެހޭކަމަށް ބުނެ އިދިކޮޅުން ފައިސާ ދީގެން އިންޑިއާގެ ނޫސްތަކުގައި ސަރުކާރާ ދެކޮޅު ލިއުންތަށް ލިއުއްވަން ފަށައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ. 

މީގެ ކުރިންވެސް އެފަދަ ފަރާތްތައް އަޑީގައި ތިބެގެން އައްޑޫގައި މަގުހެދި ބަޔަކަށް ފައިސާ ދީގެން ކާށިޖަހާ އެވީޑިއޯ ޢާންމު ކޮށް އޭގެ ޒަރީޢާ އިން ސަރުކާރާ ދެކޮޅަށް ނަފްރަތު އުފައްދަން މަސައްކަތް ކުރިއެވެ. 

އިންތިޚާބް ކައިރިވެފައި ވަނިކޮށް އިދިކޮޅުން ފައިސާ ދީގެން މާލެ ގެނައި ހިންދޫ ފާދިރީ އެއްވެސް ސަރުކާރުން ވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯރޓް ކޮށްފައެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާ މީހުން ހޯދާ ފައިސާ ދީގެން މިފަދަ ދަށުދަރަޖައިގެ އަމަލުތައް ހިންގުމަށް އިދިކޮޅުން ރާވަމުންދާ ކަމަށް ވެއެވެ. އެގޮތުން އެހެން ގައުމެއްގައި ކަރުތާފެނަށް މޫދަށް އެރިގެން ބަޔަކު ކުޅަ އަޅުކަމެއްގެ ފޮޓޯ ރާއްޖޭގެ ފޮޓޯއެއްކަމަށް ހަދައިގެން އިދިކޮޅުން އިސްތިހާރު ކޮށްފިއެވެ. 

އިސްލާމްދީން ނޫން ދީންތައް ވެސް ދުނިޔޭގައި ހުރިކަމާ އެ ދީންތަކުގެ އަޅުކަން ހިނގާ ތަފާތު ގޮތްތައް ރާއްޖޭގައި ނުސީދާ ކޮށް އިދިކޮޅުން އިސްތިހާރުކޮށް ހަދަނީ ސުމާރެއް ނެތިއެވެ. ނޫން ކަމަށް ހެދިގެން ތިބެ ދިވެހިންގެ ހިތްތަކަށް ބާތިލު އަގީތަކުގެ މެސެޖްދީ އެކަމަށް ދިވެހިން އާކަނޑާލަނީއެވެ. އެއީ ނޯމަލް ވާހަކަ އަކަށް ހަދަން އިދިކޮޅުން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. ރެއާ ދުވާލު މެދުނުކެނޑި އިސްލާމް ދީން ނޫން ދީންތަކުގެ ވާހަަކަ އިދިކޮޅުން ދައްކަމުން ދިޔަނަމަވެސް އެއްވެސް ދިވެއްސަކު އެއިން ދީނެއް ގަބޫލެއް ނުކުރެއެވެ.

]]>
Thu, 21 Sep 2023 20:33:46 +0500 ހީރަސްނިއުސް
ބޮލާ އަތްފައި ބުރިކުރި ކުއްޖާގެ ގާތިލް ދޫކޮށްލާނަން: މުއިއްޒު https://heerasnews.com/1850 https://heerasnews.com/1850 ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށްފައި ބަހައްޓަނީ ކޯޓު އަމުރަކުންނެވެ. ހުކުމުގެ ކުރީން މީހަކު ބަންދުގައި ބެހެއްޓުމާ ގުޅޭ ގާނޫނީ ހަމަތަކެއް ހުރެއެވެ. ގާނޫނީ ހަމަތަކުގެ ތެރެއިން ބަންދުގައި މީހަކު ބެހެއްޓުމަށް ކޯޓުން އަމުރު ކުރަނީ މައިގަޑު ދެތިން ކަމަކަށްޓަކައެވެ. 

ކުށެއްގެ ތުހުމަތުގައި ހުންނަ މީހަކާ ދެކޮޅަށް ފެންނަން ހުރި ހެކިތަކާ ގަރީނާތަކުން އެ މީހަކު ދޫކޮށްލާފައި ބެހެއްޓުމުން މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ފަނޑިޔާރަށް ފެންނަ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކުރެއެވެ. ހެކި ނައްތާލުމާއި ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ފަނޑިޔާރަށް ފެންނަ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބައެވެ. ޝަރީއަތަށް ފިލާފާނެކަމަށް ބެލެވޭ މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ އުޅެއެވެ. މިފަދަ ކޮންމެ ބަންދު ކުރުމަކާ ގުޅިފައި ވަނީ އާއްމު މަސްލަހަތެވެ. ބަންދުކުރެވޭ މީހެއްގެ އަމިއްލަ މަސްލަހަތާއި ހައްގަށްވުރެ ބޮޑީ މުޖުތަމައުގެ ރައްކާތެރިކަމެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސް ވަރުހެން ހައްގަކާ ނުލާ މީހުން ހިފާ ހައްއޔަރުކޮށްފައި ބޭތިއްބުމަކީ މި ސަރުކާރުން ތަރުހީބު ދޭކަމެއް ނޫނެވެ. ކޯޓު އަމުރެއްގެ ދަށުން ނޫން ގޮތަކަށް މި ސަރުކާރުން މީހަކު ބަންދެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. ހުކުމެއްގެ ދަށުން ބަންދު ކުރެވިފައި ހުންނަ މީހާއަށް ވެސް ގާނޫން ލިބިދޭ އެންމެ ފުޅާ ދާއިރާއެއްގައި އިސްލާހު ވުމުގެ ފުރުސަތުދީ އަދަބު ލުއިކޮށްދީ މާފު ދިނުމަކީ ރައީސް ސޯލިހު ގެންގުޅުއްވާ ހެޔޮވެރިކަމުގެ އެއް ސިޔާސަތެވެ. 

ވާނުވާ ޖަހާފައި ބަންދުގާ ބައިތިއްބަންޖެހޭ މީހުން ވީހާވެސް މަދުކުރުމަށްޓަކާ ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ކޯޓުތަކަށާއި ޖިނާއީ އަދުލުގެ ނިޒާމްގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތް ތަކަށް މި ސަރުކާރުން ދަނީ ދެމުންނެވެ. އަދިވެސް ކުރަންޖެހޭ ގިނަކަންކަން އެބަހުއްޓެވެ. ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ގާނޫނީ ހަމަތަކުގެ ތެރެއިން ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބައިތިއްބާ މުއްދަތު ކުޑަކުރަން ކުރެވެން ހުރި ހުރިހާ ކަމެއް މި ސަރުކާރުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އަންހެން ކުއްޖެއްގެ ކަރުބުރިކޮށް އަތްފައި ކޮށާލި މުޖުރިމު ފަދަ ނުރައްކާތެރި މުޖުރިމުން ބަންދުން ދޫކޮށްލާކަށް މި ސަރުކާރު މަސައްކަތެއް ނުކުރާނެއެވެ.

ދެން ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެން ވެރިކަމުގެ ފުރަތަމަ 10 ދުވަސްތެރޭ ދޫކޮށްލާނެ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. ހަމަ އެ ވާހަކަ އެހެން ރާގެއްގައި ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވެސް ވިދާޅުވެއްޖެއެވެ. ވެރިކަން ލިބުނަސް އެ ވިދާޅުވާހެން އުސޫލުގެ ތެރެއިން މުއިއްޒަށް އެކަން ކުރެއްވޭނެ އެއްވެސް ގޮތެއް އަދި ނުއޮންނާނެއެވެ. 

ފަނޑިޔާރުންގެ މަސައްކަތަށް އަތް ނުބާނުއްވާ އެކަން މުއިއްޒަށް ކުރެއްވޭނީ ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވައިގެންނެވެ. ކިތަންމެ ބޮޑު މުޖުރިމަކަސް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ކޯޓުގާ ނޭދެން ފުލުހުންނަށް އަންގާ އިންޒާރުކޮށްގެން އެކަން ކުރެއްވިދާނެއެވެ. އޭރަކުން ފުލުހުންނަށް ގާނޫނުން ލިބިދީފައިވާ މިނިވަން ކަމެއް ނުއޮންނާނެއެވެ. މުއިއްޒުގެ ނުފޫޒު ދަށުވެ މުޅި ޕޮލިހުންގެ މުއައްސަސާ އޮންނާނީ އޭރުން ވާގި ދުއްވާލާފައެވެވެ. މުއިއްޒު އެވިދާޅުވަނީ ބޮލާ އަތްފައިބުރި ކުއްޖާގެ ގާތިލް ވެސް ދޫކޮށްލާނެ ވާހަކައެވެ.

މީހުން މަރާ މިހުންނާއި ޑްރަގް ލޯޑަރުންނާއި ޓެރެރިސްޓުންނާއި ވަގުންނާއި އެނޫންވެސް ބޮޑެތިކުށްވެރިން ތިބޭނީ މަގުމަތީގައެވެ. ގޭންގްތަކާއި ވަގުންނާއި ހައްދުފަހަނަ އެޅި ޓެރެރިސްޓުންގެ ބާރު ހިނގާ ވެރިކަމެއް ކުރެވޭނީވެސް އެހެންތާއެވެ.   

]]>
Wed, 20 Sep 2023 15:39:51 +0500 ހީރަސްނިއުސް
އަދުރޭއަށް އެޓޯލްސް މިނިސްޓަރކަން https://heerasnews.com/1849 https://heerasnews.com/1849 ޑރ މުއިއްޒަކީ ކައުންސިލް ތަކުގެ ބާރު ކަނޑުވާލާ މާލެއަށް ބާރުތައް ނެގުމުގައި އަރާ ހުރި ތަރިއެކެވެ. މުއިއްޒުގެ މުށުތެރެއަށް ބާރުތައް ކަހާލަން ނިކުމެ ފޫގަޅައިގެން މުއިއްޒު އެހުރީ ޕީޕީއެމާއި ރައީސް ޔާމީނަށް ވެސް ދޯކާ ދީފައެވެ. 

އަދުރޭ އެހެދި އެއްޗެއް ހެދިގޮތުން ލޮންދައިގެން ދިޔަ އިދިކޮޅު ޓިކެޓް އެ އޮތީ މުއިއްޒު ފައިކޭޓުގައެވެ. ވީމާ އަދުރޭއަށް ވެސް އޭގެ ބަދަލު އޮންނަން ވާނެއެވެ. މުއިއްޒު ބޭނުންވާ ގޮތަށް ކައުންސިލް ތަކުގެ ބާރު ކަނޑުވާލުމުގެ ހުރިހާ ކަމެއް ކޮށްދޭން އަދުރޭ އެހުރީ މުއިއްޒަށް ނިކަން ރަނގަޅަށް ބައިއަތު ހިފައިގެންނެވެ. 

އޮނަރަބްލް ޢަބްދުއްރަހީމަކީ އެޓޯލްސް މިނިސްޓަރގެ އާރާ ބާރާ ޖާހުގައި ތެޔޮލައި ދޭން އެއް ޒަމާނެއްގައި އުޅުއްވި ހައްދުންމަތީ އަތޮޅު އޮފީހުގެ އިސް މުވައްޒަފެކެވެ. ކަތީބު ސިސްޓަމު ގިރައިގެން ބޮއެގެން ހުރި މީހެކެވެ. އެ ބުނާ މަގުފުޅާ 12 ގަނޑު ޓިނަކާ މަތިވީ ވެސް އެ ޒަމާނުގައެވެ.

ނޯދަން ރީޖަނަލް އޮފީހާ ސަދަން ރީޖަނަލް އޮފީހަކީ ރާއްޖޭގެ އުތުރާ ދެކުނުގެ ހުރިހާ ރަށު އޮފީހަކާ އަތޮޅު އޮފީހެއްގައި އޮބި އަޅައިގެން 30 އަހަރު ރައްޔިތުން ފިއްތި މާސިންގާ ދެ އަނދަގޮނޑިއަށް ކިޔައިގެން އުޅުނު އިނގިރޭސި ދެނަމެވެ. 

މުއިއްޒު ހަދަންއުޅޭ މިނިސްޓްރީ ގެ ފުލްޓައިމް މިނިސްޓަރަކަށް އަދުރޭ ވަރަށް ފައްކާ ވާނެއެވެ. ކައުންސިލަކުން ކަމެއް ކުރަން ބޭނުންވާ އިރަށް ދުއްވައި ގަންނަން ޖެހޭނީ އަދުރޭ ފައިބުޑަށެވެ. ހައްޖުން އަންނަ މީހަކަށް ރަށު މިސްކިތަށް މުސައްލަ ގަނޑެއް ހަދިޔާ ކުރެވޭނީ ވެސް އަދުރޭ ހުއްދަ ދިނިއްޔާއެވެ. ކައުންސިލު އިދާރާއަށް ބޮތްކެއް ގަނެލެވެނީވެސް އަދުރޭ އޯކޭ ޖެހީމައެވެ. އޭރުން އަދުރޭމެންގޭ ވަލުދޮރާށީ ކިޔުގާ ޖެހެން ނުދާ ކައުންސިލަރަކު ހުންނާނީ އަނދާފައެވެ. 

ހަމަތެދެކެވެ. ހދ މާވައިދޫ މީހެއްގެ ހުރި މާދޮން ސަމަންތަރު ހެޔޮ ފަރުނީޗަރ ހަމަ ބަނިޔާދަން އަންބަކާ ވައިހުރި ކަތީބަކު އަޅައިގަތީމާ ވީހެން އޭނާގެ ފިރިމީހާ ރައްޔިތުން ގާތު ސަރުކާރާ ދެކޮޅު ވާހަކަ ދައްކަނީ ކަމަށް އަތޮޅު އޮފީސް މެދުވެރިކޮށް ނޯދަން ރީޖަނަލް އަނދަގޮނޑިއަށް އަންގާލީމާ އެ ނިމުނީއެވެ. ރަށަށް ސިފައިން އަރާ އެ މީހާ ގެންދާ ގޮތަށް ދޫނިދޫގައި އެކޮޅުކޮޅުން އެލުވައިގެން ތަޅާ ރޯނާ ގަންނަވާފައި ހޭނެތުނީމާ ހުއްޓާލަ ފާނެއެވެ. ދެން ހޭއެރީމާ ދިއްކޮށްލާ ބަޔާނުގައި އޮތީ ކޯއްޗެއްތޯ ނުބަލާ ސޮއިކުރީމާ އަނިޔާ ކުރުން ނިމުނީއެވެ.

ކޯޓަށް ގެންގޮސް އިއްވާ ބަޔާން އަޑުއަހާލާ އިރު އެއީ ދައުލަތާ އިދިކޮޅަށް ބަޣާވާތްކޮށް މީހުން މަރަން ރާވާ މާ އިހު އެވާލާ ޒަމާނުގައި މާލޭގައި ޖެހި ބޮޑު ހުޅުގައި ވެސް ބައިވެރިވި މީހެއް ކަމަށް ވެސް އޮންނަނީ  ސޮއިކޮށްފައެވެ. ދެން އަންނަނީ މަރު ނުވަތަ އުމުރު ދުވަހުގެ ހުކުމެކެވެ. 

މިނިސްޓަރު ގަޔާނުވާ ވެރިން ބޮލުގައި ވަގު ބާދުނާމު އަޅުވާ އެކަހެރިކޮށް އުމުރަށް އެމީހެއްގެ އަބުރު ކަތިލާލައެވެ. ޖަލަށް ނުލާ ބާކީކޮށް އެކަހެރިކޮށް ދިރިއުޅުން ދަތިކޮށްލައެވެ. މިނިސްޓަރު ނުރުހޭ ހުރިހާ ވެރިން ތިބޭނީ ބޭނުންވީމާ ގޮޅިއަކަށް މަހާ ލެވޭހެން ބަޔާންތައް ނަގާ ވަރަ ކޮށާލާފައެވެ. 

މުއިއްޒު އަދުރޭއަށް ހަދާދޭން އެ އުޅެނީ އެ މިނިސްޓްރީއެވެ. ރަށު ކައުންސިލުން އަތޮޅުކައުންސިލުން ރީޖަނަލް އޮފީހުން މިނިސްޓަރަށް ނުދަންނަވާ އެއްވެސް ކަމެއް ނުކުރެވޭހެން ކައުންސިލްތަކުގެ އަތް ބަންނަން މުއިއްޒު އެ ރެޑީ ވަނީއެވެ. ރަށްރަށުގެ ރައްޔިތުންނާ ދެކޮޅަށް ރަށްރަށުގެ ބިންތަކާއި ރައްޔިތުންގެ މުދަލަށް ހިތުހުރި ގޮތެއް ހެދުމުގެ ބާރު މިނިސްޓަރކަށް ދިނުމަށް ތައްޔާރު ވަނީއެވެ. 

ބިދޭސިންނަށް ބިން ވިއްކަން ގާނޫނު ފާސްކުރި ޣައްދާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުޑާލަން އުޅޭނެ ކަމެއް ނެތެވެ. ޕީއެންސީގެ ވެރިކަމުގައި އެ ދުވަސް ގެނެސް އެޓޯލްސް މިނިސްޓްރީ ހަދައިގެން އަދުރޭ ލައްވާ އަނިޔާވެރިކަން ހިންގަން އުޅޭ އުޅުން ހުއްޓުވަން ޖެހެއެވެ. ރިޔާސީ އިންތިހާބުގައި މުއިއްޒު ފޭލިކޮށްލަން ޖެހެނީ އެހެން ވެގެންނެވެ.

]]>
Wed, 20 Sep 2023 13:23:51 +0500 ހީރަސްނިއުސް
ގޯތި ދިނީ ކަނޑުން ނޫންކަން ގޯތި ލިބުނު މީހުނަށް އެނގޭ https://heerasnews.com/1826 https://heerasnews.com/1826 ދޮގުމައްޗަށް ދޮގު ހަދައިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ޅޮސްއުނދޯއްޔަށް ލައިގެން އިތުރަށް ހޯދޭނެ ވޯޓެއް މުއިއްޒަކަށް ދެންނެތެވެ. ޕީޕީއެމް ތޮލާލުމެން އަދިވެސް ތިޔަ އުޅެނީ ކިހާ ދޮގެއް ހަދާނަމޭ ހިތާހެއްޔެވެ. ހީނުކޮށް ތިއްބާ ލައްކައެއްހާ ވޯޓު ލިބުނީމާ ތިޔަތިބީ ވަރަށް ބޮޑަށް އޮޅެފައެވެ. ތޮލާލޫއެވެ. މި ސަރުކާރުން މާލޭ މީހުނަށް ގޯތި ދިނީ ކަނޑު އަޑީގައި ރޯނު ދަމައިގެނެއް ނޫނެވެ. ލޮލަށް ގޮވާކަށް ނެތީމެވެ. މާލޭން ގޯތި ލިބުނު މީހުނަށް ލިބުނީ ކަނޑުއަޑިން ނޫންކަން ގޯތި ލިބުނު މީހުނަށް އެނގެއެވެ. 

ރައީސް ސޯލިހަށް މާލޭ މީހުން ވޯޓު ނުދީގެން މީހަކު ނޫޅެއެވެ. މާލޭ މީހުނަށް ރައީސް ސޯލިހު ގޯތިދެއްވީ މާލެ ސަރަހައްދުގެ ބިންތައް ހިއްކައިގެން ސަރުކާރުތަކުން ކުރަމުން އައި ވިޔާފާރި ހުއްޓުވާ ބޯހިޔާވަހިކަން ނެތިފައި ތިބި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވާ ދެއްވާށެވެ. ޑރ. މުއިއްޒު މާލޭގެ މަގުމަތީގައި އޮތިއްޔާ އޮތް ތަނެއް ޕަކިންގ ސްލޮޓްގެ ގޮތުގައި އެޑްވާންސްކޮށް ބޮޑު އަގު ނަގައިގެން ވިއްކާ ޖީބު ފުރާލިޔަސް ރައީސް ސޯލިހު ސަރުކާރުން ބޮޑު ހޭދަކުރައްވައިގެން ހިއްކެވުމަށްފަހު މާލޭ މީހާއަށް ބިން އެދެއްވީ ހިލެއެވެ. 

ބަނީ އިސްރާއީލު ބާގާ މީހުނަށްވުރެ ތޮލާލުމެންގެ ކަންތައް ބޮޑެވެ. މާލޭ މީހުނަށް ގޯތި ދިނީމާ ތޮލާލުމެންނަށް ގޯތި ފެންނަނީ ކަނޑު އަޑިންނެވެ. ބިން ހިއްކާފަ ދެއްކީމާ މިކިޔަނީ އިމަރާތް ކުރެވޭނެ ގޮތެއް ހަދާ ނުދޭވާހަކައެވެ. ރަށްރަށުގައި ފެނާ ނަރުދަމާ އަޅަން ނުފަށާއިރު ބުނަނީ ނަރުދަމައާއި ފެނާ ނެތްވާހަކައެވެ. ނަރުދަމާއާއި ފެނުގެ މަސައްކަތް ހިނގަ ހިނގާ ހުއްޓާ ރަށްރަށަށް އަރާފައި މުއިއްޒު މިބުނަނީ މަގުތައްކޮނެ ފަސްބާޑި ޖަހަފައި އޮތް ވާހަކައެވެ. ނުބައި ނުލަފާކަން ހުރި ވަރު ނިކަން ދެކޭށެވެ. ދަރިފުޅު ބަނޑުގާ ގަރުބަ ގަންނަ ވަގުތު ވިހާ ބޮޑުވެ ލާފުރާ ފުރިހަމަ ވޭހެއްޔެވެ.

ވެރިކަމުގެ ދަހިވެތި ކަމުގައި ލަދެއް ހަޔާތެއް ނެތެވެ. ބޮޑާ ކަމާ ކިބުރުވެރިކަން ތިޔަ ހުރީ އިންތިހާގައެވެ. އަދިވެރިކަން ލިބުނީ އެއްވެސް ނޫނެވެ. މިހާ އަވަހަށް ގަދަބަސް ބުނަން ފެށީއެވެ. ރައީސް ސޯލިހަށް މާލޭ މީހުން ވޯޓު ނުދީގެން ފްރަސްޓްރޭޓް ވެގެން އުޅުއްވާ ވަރަށް ވުރެ ރައީސްއަކީ ކެތްތެރި ހިތްތިރި ބޭފުޅެކެވެ. ރައީސް ސޯލިހަށް މާލޭ. މީހުން ވޯޓު ދިނެވެ. ރައީސް ސޯލިހު މަލޭ މީހުނަށްޓަކާ ފަހުރުވެރިވެ ވަޑައިގެން ޝުކުރުވެރިވެ ވަޑައިގަންނަވައެވެ. 

ރައީސް ސޯލިހަކީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. 2023 ނޮވެންބަރ 17 އަށް ރައީސް ކަމުގައި ހުންނަވާނީ އެމަނިކުފާނެވެ. ޑރ. މުއިއްޒަށް ރައީސް ކަން އައުވެގެން އުޅުނަސް ރައީސް ސޯލިހަށް ރައީސް ކަމަކީ އައުކަމެއް ނޫނެވެ. އެމަނިކުފާނު ދެވަނަ ދައުރަށް ނިކުންނެވީ ރައްޔިތުންނަށްޓަކާ ފައްޓަވާފައިވަ ކަންކަން ނިންމާ ފުރިހަމަކޮށް ދެއްވާށެވެ. އެކަންކަން ހުއްޓި ލަސްވެ ފަސްވާން ބޭނުން ނުވާނަމަ އެފުރުސަތު ރައްޔިތުން ރައީސަށް ދެއްވާނެއެވެ. 

]]>
Wed, 13 Sep 2023 20:44:27 +0500 ހީރަސްނިއުސް
ޔާމީނުގެ ވަފާތެރިން އިންތިހާބު ބޮއިކޮޓްކުރަން ގޮވާލައިފި https://heerasnews.com/1814 https://heerasnews.com/1814 ޝެއިހު އަލީ ޒައިދު ފަދަ ރައީސް ޔާމީނަށް ފާޑު ވިދާޅުވެ ފުރައްސާރަ ކުރެއްވި ބޭބޭފުޅުން ފާޅުގައި މުއިއްޒަށް ތާއީދު ކޮށްގެން އުޅުއްވުމަކީ ރައީސް ޔާމީނުގެ ވަފާތެރިންނަށް ހަޖަމް ކުރެވޭ ކަމަކަށް ނުވިއެވެ. އަލީ ޒައިދުމެން ބައިވެރިކޮށްގެން ކުރާ ކެމްޕެއިނެއްގައި ރައީސް ޔާމީނަށް ފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަމަށް ރައީސް ޔާމީނަށް ވަފާތެރި ގިނަ ބަޔަކު ބުނަމުން އެބަދެއެވެ.

ރައީސް ޔާމީނުގެ ނަންފުޅު ބޭނުން ކޮށްގެން ޑރ. މުއިއްޒު ކުރާ ކެންޕެއިންނަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި ރައިސް ޔާމީނަށް ހެޔޮއެދޭ އެއްވެސް މީހަކު މުއިއްޒަށް ވޯޓު ނުދޭނެ ކަމަށް އެ މީހުން ބުނެއެވެ. އެގޮތުން ރައީސް ޔާމީނުގެ ވަފާތެރިން މުއިއްޒުގެ ކެމްޕޭނުން އެއްފަރާތްވެ އެކަހެރިވެ މުއިއްޒަށް ކުރަމުން އައި ތާއީދު ހުއްޓާލަން ދަނީ ނިންމަމުންނެވެ. އޭގެތެރޭގައި ބައެއް ސެނެޓަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. 

ރައީސް ޔާމީނަށް ވަފާތެރި އެތައް ސެނިޓަރުންނާއި މެންބަރުން ވިދާޅުވާ ގޮތުގައި ރައީސް ޔާމީނު ވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދެއްވާފައެވެ. ރައީސް ޔާމީނުގެ އިރުޝާދަކީ ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމެވެ. ރައީސް ޔާމީނުގެ އިރުޝާދާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީ ކައުންސިލުން މުއިއްޒަށް ތާއީދުކޮށް މަސައްކަތް ކުރަން ނިންމީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ރިޝްވަތު ދީގެން ކަމަށް އެ ބޭފުޅުން ތުހުމަތު ކުރައްވައެވެ. 

ރައީސް ޔާމީނުގެ ބައެއް ވަފާތެރިން ފާޅުގައި ޓްވިޓަރގައިވެސް އަލީ ޒައިދަށް މަރުހަބާ ނުކިޔާކަން އަންނަނީ ބުނަމުންނެވެ. ރައީސް ޔާމީނުގެ ފޮޓޯފުޅާ ޕީޕީއެމްގެ ކުލަ ބޭނުންކޮށްގެން މުއިއްޒު ކެމްޕޭން ކުރައްވަމުން އަންނަނީ ޕީޕީއެމްގެ ވެރިކަމެއް ގާއިމު ކުރަން ނޫންކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން މިނިވަން ކުރައްވައިގެން ވެރިކަން ހިންގުމުގައި ރައީސް ޔާމީނު ބައިވެރި ނުކުރައްވާނެކަން ކަށަވަރުވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. 

މުއިއްޒުގެ ރިޔާސީ ކެންޕެއިން ދިމްޔާތުގައި އިސްކޮށް ހިންގަނީ ޗާގޯސް މައްސަލައިގައި އިދިކޮޅުން ލީޑްކުރި މުއިއްޒުގެ ޅިޔަނު އިބްރާހީމް ބުން މުހައްމަދު ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ޕީޕީއެމްއާ މުއިއްޒާ ގުޅުމެއް ނެތްކަމަށާއި ޕީޕީއެމް މައިޕާޓީއެއްގެ ގޮތުގައި އޮއްވާ ޕީއެންސީ ކަހަލަ ކުޑަކުޑަ ޕާޓީއަކުން އުފައްދާ ސަރުކާރަކީ ޕީޕީއެމް ސަރުކާރަކަށް ނުވާނެކަމަށް އެބޭފުޅުން ވިދާޅުވެއެވެ. 

ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމް މެންބަރުންނަށް އެ ބޭފުޅުން ގޮވާލައްވަނީ ރައީސް ޔާމީނު އެދިވަޑައިގެން ގޮތަށް މާދަމާ އޮންނަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. 

]]>
Fri, 08 Sep 2023 15:25:10 +0500 ހީރަސްނިއުސް
މެޑަމް ފާތުން ނިކުތީ ފާރިސަށް ޗެލެންޖަކަށް https://heerasnews.com/1802 https://heerasnews.com/1802 ރައީސް ސޯލިހަށް މުޅި ރާއްޖޭގައި އޮތް ތާއީދު ފެނި ޕީޕީއެމުގެ މޭގަނޑު ބޭރަށް ނިކުމެއްޖެއެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި ރައީސް ސޯލިހަށް އޮތް ތާއީދު ބޮޑުވެ ހަޖަމް ނުކުރެއްވިގެން ގޭގައި ހިމޭނުން ހުންނެވި މެޑަމް ފާތުންވެސް އެންމެފަހުން ބޭރަށް ނިކުތީއެވެ. މެޑަމް ފާތުން ނިކުންނެވުމަކުން ރައީސް ސޯލިހަށް ގެއްލޭނެ އެއްޗެއް ނެތެއްކަމަކު އެންމެ ބޮޑު ގެއްލުމެއް ވާނީ ފާރިސް މައުމޫނަށެވެ.

މެޑަމް ފާތުން ނިކުންނެވުމަކީ މުއިއްޒަށް ގެއްލެމުންދާ ތާއީދު އިތުރުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ސަންގު ބަހުސަށް ފަހު ރައީސް ޔާމީނުގެ ތާއީދު އޮތީ ފާރިސް މައުމޫނަށް ކަމުގެ އަޑުފެތުރި ޕީޕީއެމްގެ ގިބަޔަކު ފާރިސް މައުމޫނަށް ތާއީދު ކުރަން ފެށުމުން އެކަމަކީ މެޑަމް ފަތުންއަށް ހަޖަމް ކުރެއްވުނު ކަމަކަށް ނުވިއެވެ. ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ނުތަނަވަސްކަން ފެށިގެން އައީވެސް މެޑަމް ފާތުންގެ ސަބަބުންނެވެ. 2013 ގެ ރިޔާސީ އިންތިހާބުގައި މެދަން ފާތުން އޮޕަރޭޓް ކުރެއްވި ޖަގަހަ ވެގެން ގޮސްފައިވަނީ ރައީސް މައުމޫނު ލީޑްކުރެއްވި ޕީޕީއެމް އޮފީހަށްވުރެ ޕީޕީއެމްގައި ބަރުގަދަ ތަނަކަށެވެ. 

މެޑަމް ފާތުން ރޭގައި ޑރ. މުއިއްޒުގެ ޖަގަހައަށް ވަޑައިގެން ދެއްވި މެސެޖަކީ ފާރިސް މައުމޫނަކީ ރައީސް ޔާމީނު ތާއީދު ކުރައްވާ ކެންޑިޑޭޓެއް ނޫންކަމެވެ. މެޑަމް ލޯފުޅުން ފާއްދާލި ކަރުނައަކީ ރައީސް ޔާމީނަށް ޕީޕީއެމްގައި އޮތް ތާއީދު ޑރ. މުއިއްޒު އަތުލައްވަމުން ގެންދަވާތީ އެކަމުގެ ހިތާމައިގެ ކަރުނައެވެ. ޕީޕީއެމްގެ ސަޕޯޓަރުންތައް ފެނި ހިތްޕުޅު ދަތިވުމުގެ ކަރުނައެވެ.

މެދަމް ފާތުންގެ ފާޅުވުމުން ޑރ. މުއިއްޒަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބި ވަޑައި ގަންނަވާނެއެވެ. އެހެނެއް ކަމަކު މެޑަމް ފާތުން މުއިއްޒަށް ކެންޕޭން ކުރެއްވުމުގެ ބަދަލުގައި ރައީސް ނަޝީދާއެކު ގޮވާލެއްވީ ރައީސް ޔާމީނު ދޫކޮށްލުމަށެވެ. ޑރ. މުއިއްޒަކަށް ތާއީދު ކުރުމަކަށް ނޫނެވެ. 

މެޑަމް ފާތުން ކިތަންމެ ބާރަށް ނިކުންނަވާ ކޮންމެ ސަކަރާތެއް ޖެއްސެވިއަސް ރައީސް ސޯލިހަށް އޮތް ތާއީދަށް ކުޑަވެސް އަސަރެއް ނުކުރާނެއެވެ. ބައިވެ ރޫޅެ ވެރޭނީ ރައީސް ސޯލިހުގެ ވާދަވެރިންގެ މެދުގައި ކޮޅުކޮޅަށް ދުވާ ވޯޓުތަކެވެ. މެޑަމް ފާތުން ނިކުންނެވުމުން ބޯޑުވެގެން ވާނެހާވެސް ކަމަކީ ރައީސް ޔާމީނުގެ ތާއީދު މުއިއްޒަށް އޮތްކަން ދޭހަވުމެވެ. އެކަމުން ރައީސް ސޯލިހު ފިޔަވާ މިފަހަރު ވާދަކުރާ އެހެން ކެންޑިޑޭޓުންގެ ތާއީދަށް ބަދަލުތަކެއް އަތުވެދާނެއެވެ. ހާއްސަކޮށް ފާރިސް މައުމޫނަށް އެކަމުން ފަހަރުގައި ބޮޑު އަސަރެއްކޮށް ފާނެއެވެ. މެޑަމް ފާތުން ނިކުންނެވީ ފާރިސް މައުމޫނަށް ޗެލެންޖަކަށެވެ.  

]]>
Tue, 05 Sep 2023 11:37:23 +0500 ހީރަސްނިއުސް
މުއިއްޒަށް: ޔާމީނަށް ވެރިކަން ދެވޭނެ ގޮތެއްގެ ވާހަކަ ދައްކަވާ https://heerasnews.com/1795 https://heerasnews.com/1795 ޑރ. މުއިއްޒަކީ މީން ޒަމާނަކު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން އުޅުއްވި ބޭފުޅެއް ނޫންކަން މުއިއްޒުގެ ވާހަކަފުޅު ތަކުން ވަރަށް ބޮޑަށް އެނގިގެން ހިގައްޖެއެވެ. ރާއްޖޭގެ ދުވަހު ނޫހަކަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވަނީ ގިނަ ރަށްރަށަށް މި ސަރުކާރުން އަޅާ ނުލާ މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ. ރަށްރަށުގައި މަގު ނުހެދުމާއި ބަނދަރު ނުހެދުމާއި ސާފުބޯފެން ނުލިބުން ފަދަ ކަންބޮޑުވުންތައް މުއިއްޒަށް ފެނިވަޑައިގެން ކަމަށް ވިދާޅުވުމުން މުއިއްޒު ލޮލުގެ ޑޮކްޓަރަކަށް ނުދައްކަވާތާ ކިހާ ދުވަހެއް ވެއްޖެތޯ ސުވާލު އުފެދެއެވެ. 

ފުކެއް ބޮޑުވަރެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިހެން ރައީސް ސޯލިހު ސަރުކާރުން ބަނދަރު ހަދާ ނަރުދަމައަޅާ ސާފުފެން ފޯރުކޮށްދީ ނިމެމުންދާތަން މުއިއްޒަކަށް ފެނިވަޑައެއް ނުގަތެވެ. އެތައް ސަތޭކަ ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލުތައް އަޅާ ނިމިފައިވާތަނެއް މުއިއްޒަކަށް ފެނިވަޑައެއް ނުގަނެއެވެ. ކެންޕެއިންގައި ރަށްރަށަށް ވަޑައިގަތުމުން އެ ތަންތަނާ ހަމަޔަށް އެއްވެސް ރަށަކުން ވަޑައި ނުގެންނެވެނީ ކަމަށް ވެދާނެއެވެ. ރަށްރަށުގައި އަލަށް ބިނާކުރި ޒަމާނީ އިންޖީނުގެ ތަކާއި ކަރަންޓްގެ ވިއުގަ ދެކިވަޑައި ނުގަންނަވަނީ ކަންގައިމެވެ.

ނަރުދަމާއާއި އާއި ފެނާ ކަރަންޓް ވިއުގައަކީ ބިމުއަޑީގައި އޮންނަ ވިއުގައަކަށް ވާތީ ނެތް އެއްޗެއްކަމަށް ބެއްލެވީވެސް ކަންނޭގެއެވެ. ގައިމު ރަށްރަށަށް ފައިބާ ވަޑައިގެން ބަނދަރުތައް ކަނު ނޫނީ ވިއްޔާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ބަނދަރު ނުހެދުމާ ސާފުފެން ނުލިބުމުގެ ކަންބޮޑުވުން ހުރެގެން އުޅޭ ރަށެއް ހާލަކުން ވެސް މިހާރަކު ރާއްޖެއަކު ނެތެވެ. އެކަމަކު އެކަމެއް މުއިއްޒަކަށް އެނގިވަޑައެއް ނުގަންނަވައެވެ.

ރައީސް ކަން ހޯއްދަވަން ނިކުންނަވާ ކެންޕެއިން ކުރައްވާއިރު ހުރިކަމެއް ނެތްކަމަކަށް ހައްދަވައިގެން ވާހަކަފުޅު ދެއްކެވިޔަސް ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް އެކަންކަމެއް ނުއޮޅޭނެއެވެ. ގިނަ ރަށްރަށުގައި ޕީޕީއެމްގެ ވަސް ފިލާ ނެތިދާތީ ތިބި މަދު މީސްކޮޅު ބޮނދަ ބޮނދައިގެން ގެންގޮސް ޖަގަހައަށް ވެއްދީމާ ގިނަ ރަށްރަށުގެ ހާލަތެއް މުއިއްޒަށް އެނގި ވަޑައި ނުގަންނަވަނީ ކަމަށް ވެދާނެއެވެ. ހަމަ އެކަނި މުއިއްޒަށް އިވި ވަޑައިގަންނަވާނީ ސަރުކާރުދެކެ ރުޅިއަރާފައިހުރި އެރަށެއްގައި ހުންނަ ޕީޕީއެމްގެ އެކްޓިވިސްޓުން ބުނާ އެއްޗެކެވެ. ރަށްރަށުގެ އައްމު ހާލަތެއް ފެނިވަޑައެއް ނުގަންނަވާނެއެވެ. 

ލޯހުޅުއްވައިގެން ރަށްރަށުގެ ހަގީގީ ހާލަތަށް ބެއްލެވިނަމަ ބަނދަރާ ނަރުދަމާއާއި ފެނާ ކަރަންޓްގެ ވާހަކައެއް ނުދައްކަވާނެއެވެ. މަގާއި ވޮލީކޯޓައި ބޯޅަދަނޑާ ފުޓްސަލް ދަނޑުގެ ވާހަކައެއް ސިއްހީ ހިދުމަތާ ސްކޫލުގެ ވާހަކައެއް އެ މޭރުމަކުން ނުދައްކަވާނެއެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާ ރައީސް ސޯލިހު ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގަވާ މަޝްރޫއުތައް ފެނިވަޑައިގެން ދެމިޔަކަނުން ސޮނިވެއްޓި އާސޯހުވެ ވަޑައިގެން ދެއްކެވޭ ނުދެއްކެވޭ ވާހަކަ މުއިއްޒަށް އެނގިވަޑައި ނުގަންނަވަނީވެސް ތޯއްޗެކެވެ. 

ދަންނަވަންތޯއެވެ. ރަށްރަށުގެ ތަރައްގީގެ ވާހަކަ މުއިއްޒު ނުދައްކަވާ ތިޔަ ކުރައްވާ ކެންޕޭނުގައި ރައީސް ޔާމީނު މިނިވަން ކުރުމަށް ކުރެއްވޭނެ ކަމެއްގެ ވާހަކަ ދައްކަވާށެވެ. ރައީސް ޔާމީނު ދޫކޮށްލެއްވުމަށް ފަހު އެ މަނިކުފާނަށް ރާއްޖޭގެ ވެރިކަން ހަވާލުކުރެއްވުމަށް ގެންގުޅުއްވާ ޕްލޭންގެ ވާހަކަ ދައްކަވާށެވެ. ރައިސް ޔާމީނުގެ ސަޕޯޓަރުންގެ ވޯޓު ގަނޑުކޮށް ލިބި ވަޑައިގަންނަވާނީ އޭރުންނެވެ. ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީނަށް ހުސް ގޮނޑިއެއް ބަހައްޓާ ރައީސް ޔާމީނުގެ ފޮޓޯފުޅެއް ކެންޕެއިން ޕޯސްޓަރުގައި ޖެއްސަކަސް އަދި ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ވޯޓެއް ނުލިބެއެވެ.

]]>
Sat, 02 Sep 2023 12:57:54 +0500 ހީރަސްނިއުސް
މުއިއްޒާއި ޔާމީނާ އެއްވެސް ގުޅުމެއްނެތް: ޔާމީނުގެ ވަފާތެރިއެއް https://heerasnews.com/1790 https://heerasnews.com/1790 "މުއިއްޒު އެ ޖަހަނީ އަމިއްލަ ފަޔަށް ބަޑި" ކަމަށް ރައީސް ޔާމީނު ވިދާޅުނުވާ ކަމަކަށް ނުހެދޭނެއެވެ. އެ ވާހަކަފުޅަކީ ވަރަށް ސާފުބަހުން ސީދާކޮށް ވިދާޅުވި ވާހަކަފުޅެއް ކަމަށް ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމްގެ އިސް ބޭފުޅަކު ވަނީ މިނޫހަށް ވެސް ކަށަވަރުކޮށް ދެއްވާފައެވެ. 

ޕީޕީއެމްގެ އާއްމު މެންބަރުންގެ ތާއީދު ހޯއްދެވުމަށް ކިތަންމެ ބޮޑުކޮށް ރައީސް ޔާމީނުގެ ފޮޓޯފުޅު ބޭނުން ކުރެއްވިޔަސް ޑރ. މުއިއްޒުގެ ކެންޕޭނާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްނެތް ކަމަށް ރައީސް ޔާމީނު އެންމެ އިތުބާރު ކުރައްވާ އިސް ބޭފުޅަކު ހީރަސްނިއުސް އަށް ކަށަވަރު ކޮއްދެއްވައިފިއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ އަރިސް އެންމެ އިތުބާރުކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކު ނަން ހާމަ ނުކުރުން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ޑރ. މުއިއްޒަށް ވެރިކަން ލިބި ވަޑައިގަތަސް ރައީސް ޔާމީނު ދޫކޮށްލައްވާ ރައީސް ޔާމީނަށް ވެރިކަން ހިންގުމުގެ ބާރު ނުދެއްވާނެކަން މީޑިއާގައި ސާފުކޮށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ފަސްއަހަރުގެ ދައުރެއް މުއިއްޒު ފުރިހަމަ ކުރައްވާނެ ކަމަށާއި މިޑްޓާރމް އިލެކްޝަނަކަށް ފުރުސަތު ނެތްކަމަށް ޑރ. މުއިއްޒު ވިދާޅުވީ ސަމާސާއަކަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތަސް ކުޑަމިނުން ނައިބު ރައީސް އިސްތިއުފާ ދެއްވާ ނައިބު ރައީސްކަން ރައީސް ޔާމީނަށް ދެއްވައިގެން ވެރިކަން ހިންގުމުގައި ރައީސް ޔާމީނު ބައިވެރި ނުކުރައްވާނެކަން ކަށަވަރުކަމަށް އޭނާ ވިދާޅުވިއެވެ. 

ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީނު މިނިވަންކޮށް އެ މަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވެސް ކުރެއްވީ ޑރ. މުއިއްޒަށް މަލާމާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބޭފުޅާ ވިދާޅުވީ ޑރ. މުއިއްޒު މިހާރު ރައީސް ޔާމީނުގެ ވާހަކަ ނުދައްކަވާ ކަމަށެވެ. ޑރ. މުއިއްޒަށް ރައީސް ޔާމީނާ ނުލާ ވެރިކަމަށް ވަޑައިގެންނެވޭ މަންޒަރު މިހާރު ސިފަވެ ވަޑައި ގަންނަވާ ކަމަށާއި އެއީ ބިލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

އަނެއްކޮޅުން މާލެ ސިޓީ ކައުންސިލްގެ މެންބަރ ޝުޖާއުމެން ރައީސް ޔާމީނުގެ ނަންފުޅު ކިތަންމެ ބޮޑަށް ބޭނުން ކުރައްވައިގެން ކެންޕެއިން ކުރެއްވިޔަސް ޝުޖާއުމެން އެ ކުރައްވާ ކަމަކީ ރެޑްވޭވް ސަލީމު ބާރުވެރި ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ޝުޖާއަކީ ސަލީމުގެ ޕަޕެޓެއް ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ ރައިސް ޔާމީނަކީ އެއްވެސް ވަރަކަށް ރެޑްވޭވް ސަލީމު ބޭނުންހާ ގޮތަކަށް ކަންތައް ކުރެއްވި ބޭފުޅެއް ނޫންކަމަށެވެ. ރޭޑްވޭވް ސަލީމަކީ އެއްވެސް އިރަކު ރައީސް ޔާމީނަށް ވަފާތެރި ބޭފުޅެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޑރ. މުއިއްޒުގެ ކޮންޓްރޯލު ރެޑްވޭވް ސަލީމު ނަންގަވަން ކުރައްވާ މަސައްކަތުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުމެން ބޭނުން ކުރައްވަނީ ރެޑްވޭވް ސަލީމުކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ރައީސް ޔާމީނު ޕީޕީއެމް މެންބަރުން ކިބައިން އެދިވަޑައިގަތީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. ރައީސް ޔާމީނުގެ އެދިވަޑައިގަތުމާ ދެކޮޅަށް ޑރ. މުއިއްޒު ނުފޫޒު ފޯރުވައިގެން ޕީޕީއެމް-ޕީއެންސީ ސެނެޓުން ޑރ. މުއިއްޒަށް ތާއީދު ކުރުމަށް ނިންމައިގެން ކުރެވޭ މަސައްކަތަކީ ރައީސް ޔާމީނުގެ ތާއިދު އޮތްގޮތް ނޫންކަން ސާފުވާ ސަބަބުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވެއެވެ. 

ރައީސް ސޯލިހުގެ ވެރިކަން ބަދަލު ކުރުމަކީ ޕީޕީއެމް- ޕީއެންސީގެ އެންމެ މުހިންމު އެއް ބޭނުން ކަމުން ރައީސް ޔާމީނާއި އެ މަނިކުފާނުގެ ވަފާތެރިން ހަނު ތިބި ތިބުމަކީ ރައީސް ޔާމީނު މުއިއްޒަށް ތާއީދު ކުރެއްވުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނުގެ އާއިލީ ބޭބެފުޅުންނާއި އެންމެ އަރިސްކޮށް އުޅުއްވި ގިނަ ބޭފުޅުން ތަކެއް ޑރ. މުއިއްޒުގެ ކެންޕޭނުގައި ހަރަކާތްތެރި ވާތަން ނުފެނުމަކީ ރައީސް ޔާމީނުގެ ތާއިދު ޑރ. މުއިއްޒަށް ނެތްކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވެއެވެ. 

]]>
Fri, 01 Sep 2023 16:07:41 +0500 ހީރަސްނިއުސް
މުއިއްޒަށް ވޯޓު ގިނަކޮށްދޭ ފާދިރީން https://heerasnews.com/1788 https://heerasnews.com/1788 އަޖައިބެއް ކަހަލަ ބުއްދިއެކެވެ. ވޯޓަށް ކުޑަ ދުވަސް ކޮޅަކަށް ވީމާ ސަރުކާރުން ފާދިރީން ގެނެސް އެމްޓީސީސީން ފައްޅި އަޅަން ފެށީމާ އޭގެ ސަބަބުން ގެއްލޭ ވޯޓް ގިނަވާނެކަން ސަރުކާރަށް އެނގޭނެއެވެ.  

ދެން ހަމަ ވޯޓްލާން ހަފްތާ އަކަށްވާ އިރަށް ސަރުކާރުން ފާދިރީން ގެންނާނެ ހެއްޔެވެ؟ ސަރުކާރުން ތިޔަކަހަލަ ސަކަރާތެއް ޖެހިއްޔާ ޖަހާނީ ދޮންކަޅު ވެސް މީހަކަށް އަންގާ ނުލައެވެ. އެހެނެއް ނޫނެވެ. ހަމަ ބުއްދިން ވިސްނީމާ ވާގޮތް އެބަ އެނގެއެވެ. 

ވޯޓާ ވީހާ ކައިރިކޮށްފައި ފާދިރީންނޭ، ފައްޅިތަކޭ ކިޔައިގެން އަރުވާނެ "ގޭސްގަނޑެއް " ރޭވުން އިދިކޮޅަށް ވަރަށް މުހިންމެވެ.  

ޓިކެޓާ ކުޑަ ޑޮލަރު ކޮޅެއް ދިނީމާ ނިތްކުރީގައި ގެރިގުޔާ ހިންދޫރަ އުނގުޅައިގެން އައިސް އިދިކޮޅަށް ޑްރާމާ ޖައްސަދޭނެ ކިތަންމެ ބޮޑުކައްކާ އިންނަކާ އޮޓޯ ޑްރައިވަރުންނެއް އިންޑިއާއިން އިދިކޮޅަށް ލިބޭނެއެވެ.  

ރަނގަޅު ވަގުތުގައި އެޑްރާމާ ކުޅެ އަމިއްލަ މީޑިއާ ތަކުން އެ ފިތުނަ ފެތުރީމާ އެމްޑީޕީއަށް ލިބޭ ވޯޓް މަދު ވާނެއެވެ. އެމްޑީޕީއަށް ވޯޓް މަދުވީމާ މުއިއްޒު ހޮވެން ފުރްޞަތު ބޮޑުވާނެއެވެ.  

ތިޔަ ބުނާ ފާދިރީ ބަޔަކު މިވަގުތު އައިސްގެން އުޅެންޏާ ތިޔަ އުޅެނީ މުއިއްޒު ހޮވޭތޯ އޭނާއަށް ވޯޓް ގިނަ ކޮށްދޭށެވެ. ތިޔައީ ހުސް ހޮޅިއެވެ. ހޮޅި ހޮއްލުން ނޫންކަމެއް ހޮޅި މުއިއްޒަކަށް ނުކުރެވޭނެއެވެ. 

]]>
Thu, 31 Aug 2023 16:44:57 +0500 ހީރަސްނިއުސް
މުއިއްޒުގެ ފުރައްސާރަ ޔާމީނަށް! https://heerasnews.com/1787 https://heerasnews.com/1787 އަދި މިއުޅެނީ ހޮވޭމިންވަރާ ގާތް ނުވެއެވެ. ކެންޕޭނު ފޯރީގައި ޣާފިލްވެފައި ތިއްބާ ޕީއެންސީ ކެންޑިޑޭޓް މުއިއްޒުގެ ހޫނު ފުރައްސާރައެއް ޕީޕީއެމްގެ ރައީސް ރައީސް ޔާމީނާ ދިމާއަށް ފޮނުވާލައިފިއެވެ.

މީޑިއާގައި މުއިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާ ނުކުރާ ވާހަކައެވެ. އެހެން ވިއްޔާ އެގޮތަށް އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރީ ކާކުތޯ ބަލާލިއިރު އަސްތާ ކަމަކުދާކަށް ނެތެވެ. ފުރައްސާރައިގެ މިހަމަލާ މުއިއްޒު ފޮނުވާލާފައި ވަނީ ރައީސް ޔާމީނަށް އަމާޒު ކޮށެވެ. ވާދަވެރި އެމްޑީޕީން ރައީސް ޔާމީނާ އަމާޒު ކުރާ އެންމެ ވަރުގަދަ ހަމަލާއަކީ އެކައުންޓަށް ފައިސާ ޖަމާ ކުރެއްވި ވާހަކައެވެ. އެންމެ ފަހުން ޑރ. މުއިއްޒު ވެސް އެ މަލާމާތް ރައީސް ޔާމީނަށް ރައްދުކުރީއެވެ. 

ހިންގާ ކެމްޕޭނުގައި ރައީސް ޔާމީނުގެ ކުލައެއް ވަހެއް ނެތެވެ. ޖަލުގަ އޮންނަވައިގެން ރައީސް ޔާމީނު ވިދާޅުވިއޭ ކިޔައިގެން ހަދަނީ ދޮގުކަމަށް ތުހުމަތު ކުރެވޭހާ ވަރުވެއްޖެއެވެ. ޕީޕީއެމްގައި ތިބި ރައީސް ޔާމީނުގެ ވަފާތެރިންގެ ހިތް އަތުލަން ބޮޑެތި ބިލްބޯޑު ތަކުގައި ރައީސް ޔާމީނުގެ ފޮޓޯފުޅު ބޭނުންކުރުން ނޫނީ ރައީސް ޔާމީންގެ ވަސްވެސް ކެންޕެއިނުގައި ނެތެވެ.

ކެމްޕޭން ހަރަކާތް ތަކުގައި ޕީޕީއެމް އޮފީސް ހުރީ ހަރަކާތެއް ނެތިފައެވެ. އާބަޔަކު ލައިގެން އުޑި އަނބުރަނީ ބޭހަށް ފައިބާ މީހުން މީހުން އަތުން ބޮޑު އަގު ނެގ  ދިމްޔާތުގައެވެ. 

ރައީސް ޔާމީންގެ ދަރިކަލުން ހުންނެވީ ހަނެވެ. މުއިއްޒަށްވުރެ ރައީސް ޔާމީނަށް ދެންވެސް ހެޔޮގޮތެއް ވާނީ ރައީސް އިބޫ ހޮވިގެންކަން ކަމަނާ ގަބޫލު ކުރައްވަނީ ކަމަށް ފެނެއެވެ.

މެޑަމް ފާތުންގެ މޫނުފުޅު ނުފެންނަ ކެމްޕޭނަކީ ކިތަންމެ ވަރަކަށް ޕީޕީއެމްގެ ކުލަ އެރުވިޔަސް ރައީސް ޔާމީނާ ބެހޭ ކަމެއް ނޫންކަން ވިސްނާލީމާ އެނގެއެވެ.

]]>
Wed, 30 Aug 2023 21:11:37 +0500 ހީރަސްނިއުސް
ޑރ. ޝަހީމެކޭ އަބޫޖަހުލެކޭ ތަފާތެއްނެތް https://heerasnews.com/1782 https://heerasnews.com/1782 ޑރ. ޝަހީމުގެ ޖާހިލު ކަމުގެ ބޮޑުކަމާއެވެ. ތިމާމެން ނޫނީ ތަންދޮރު ދަންނަ ބަޔަކު ނެތްކަމަށް ދައުވާ ކުރުމަށް ވުރެ ބޮޑު ޖާހިލު ކަމެއް މުޅި އިންސާނިއްޔަތު ނުދެކެއެވެ. ލިބިހުރި އިލްމުގެ މައްޗަށް ބޮޑާވެ ތިމާ ފަދަ އަނެއް އިންސާނާއަކީ އެއްވެސް މީހެއް ނޫންކަމަށް ބުނާ އިލްމުވެރިއަކަށް ވުރެ ޖާހިލު އަނެކަކު ނުވެއެވެ. 

ޑރ. ޝަހީމެކޭ ޖާހިލިއްޔަ ޒަމާނުގެ ކިބުރުވެރި ބޮޑާ އަބޫޖަހުލުމެން ފަދަ ޖައްބާރެކޭ ތަފާތެއް ނެތެވެ. ކީރިތި ރަސޫލާ ނަބީކަމައިގެން ވަޑައި ގަތުމުން އަބޫޖަހުލުމެން ރަސޫލާއަށް ނިސްބަތްކުރި ފަދަ ބޮޑާ ކަމުގެ ބަހެއް ޑރ. ޝަހީމް ދިވެހި މުސްލިމު ރައްޔިތުންގެ ބަޔަކަށް ރައްދު ކުރުމަކީ މާފުކުރެވޭނެ ކަމެއް ނޫނެވެ. އަބޫޖަހުލުމެން އެ ދުވަހު ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށްް ނިކަމެތި ކޮށްލުމުގެ ގޮތުން ބަކަރި ހުއިހައްޕާ މީހާގެ ގޮތުގައި ސިފަކުރިއެވެ. 

އަބޫޖަހުލުމެން ކަހަލަ ނަސަބުން މޮޅު މާތް މީހުން ތިއްބާ ނަބީކަން ދެއްވަން ބަކަރި ހުއިހައްޕާ ޔަތީމަކު ނޫނީ ނުފެނުނީހޭ ބުނެ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނިކަމެތި ކުރި މުރައްކަބު ޖާހިލު އަރަތްބެކޭ ޑރ. ޝަހީމެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ. ޖާހިލިއްޔަ ޒަމާނުގައި އަރަބިންގެ ތެރޭގައި ބަކަރި ހުއިހައްޕަނީ އެންމެ ދެރަވަރު އެންމެ ނިކަމެތި މީހާކަމަށް ދެކޭ ދުށުން މާތްވެގެންވާ އިސްލަމްދީނާއެކު ވަނީ ބަދަލުވެފައެވެ. ބަކަރި ހުއިހައްޕަވަން ނޫޅުއްވާ އެއްވެސް ނަބީއަކު ނޫޅުއްވާ ކަމަށް ތާރީހު ހެކިދެއެވެ. ނިކަމެތި ކޮށްލުމުގެ ގޮތުން މުސްލިމުންގެ ބަޔަކަށް ބަކަރި ހުއިހައްޕާ މީހުނޭ ބުނެ އިންސާނީ ކަރާމާތް ނަގާލާ އިލްމުވެރިއެއްގެ އިލްމުވެރިކަމެއް ނެތެވެ. 

ޑރ. މުއިއްޒާއެކު މާބޮޑެތި އިލްމުވެރިންތަކެއް ތިބެގެން ގައުމު ހިންގާ ވާހަކަ ދައްކާއިރު ތިމާގެ ބޮޑާކަމާ ކިބުރުވެރިކަމާ މަވެތިކަން ނޫން ކަމެއް ޑރ. ޝަހީމުމެންގެ ކިބަޔަކުން ފާޅެއް ނުވެއެވެ. ދިވެހި ރައްޔިތުން ތިބީ ޑރ. ޝަހީމުމެން ކަހަލަ އިންސާނީ ކަރާމާތް ނުދަންނަ ޖާހިލުންނަށް ގައުމު ހިންގަން ހަވާލުކުރާ ގޮތަކަށް ނޫނެވެ. ޑރ. ޝަހީމަށް އަދި ތިޔަ ހުރެވެނީ ޖާހިލިއްޔަ ޒަމާނުގައި އަރަބި ކިބުރުވެރި ގަބީލީ ވިސްނުމުގައެވެ. ބޮޑާކަމާ މަވެތިކަމުގައެވެ. 

ބަލަން ހުންނާށެވެ. ތިޔަ ބުނާ އިލްމުވެރިން ބޮޑާކަންމަތީ ގަދަ ބަސް ބުނެ ބުނެ ތިއްބާ މާތް އަމުރާ އިރާދަ ފުޅާއެކު ގައުމު ހިންގުމާ ހަވާލުވާނީ ބަކަރިހުއި ހައްޕާ މީހުންނެވެ. ބޮޑާކަމުގެ އަހުލުވެރިންނަށް ތިމާމެންގެ ސައިޒް ނޭގެނީއެވެ. 

ޑރ. ޖަމީލާއި ޑރ. ޝަހީމާއި ޑރ. މުނައްވަރު ކަހަލަ ދެބައިން ބާވެ ރައްޔިތުން ބަލައިނުގެންފައި ތިބި ބަޔަކު ޑރ. މުއިއްޒު ފަހަތަށް އަރާތިބެ މިވަރެއް ނެތޭ ގޮތްވަކަސް ދިވެހި ރައްޔިތުން ތިޔަ ބައިގަނޑަކަށް އިތުބާރެއް ނުކުރެއެވެ. މާބޮޑެތި އިލްމުވެރިންނަށް ހެދިގަނެގެން މަވެތި ވެގެން އުޅުނަސް ތިޔަ ބައިގަނޑަކީ ފުރުސަތުލިބި އެއްކަމެއްނުވެ ފޭލިވެފާތިބި ބައެކެވެ. 

]]>
Mon, 28 Aug 2023 11:00:36 +0500 ހީރަސްނިއުސް
އަމީނަށް: ގާސިމު ތަންމައްޗަށް ވެސް ވަޒީރުކަމެއް އެބައޮތް https://heerasnews.com/1775 https://heerasnews.com/1775 އަނގައެއް އޮތަތީ މީހުންގެ ތެރެއަށް ނިކުމެ އަނގަ ދިޔާކުރަން އަމީނު އިބްރާހީމް ލަދުނުގަންނަ ކަމެވެ. 2018 ގައި ރައީސް ސޯލިހު ސަރުކާރުގެންނަން އަމީނު އިބްރާހީމް ހައްދަވައިގެން ކުރި ކަމެއް ދެނަހުރި ދިވެއްސަކު މިގައުމަކު ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ބޭއްވި މޭޑޭ މުޒާހަރާ އަށްފަހު ފިލައިގެން ގޮސް އިނގިރޭސި ވިލާތުގައި ބޮނދާ އޮތް ފިނޑި ކަނބިއްޔަކަށް މި ސަރުކާރު ގެންނަން މީހުން ކުރި މަސައްކަތެއް ނޭނގޭނެއެވެ. 

ނޭނގެންޏާ ކޯތަޅުވަން ނުހަދާށެވެ. މި ސަރުކާރު ވެރިކަމަށް ގެނައީ ރައީސް ޔާމީނުގެ އަނިޔާވެރިކަމާ ދެކޮޅަށެވެ. ޖަލުގައާއި އަރުވާލެވިގެން ތިބި ރާއްޖޭގެ ސިޔާސީ ހުރިހާ ވާދަވެރިން މިނިވަން ކުރުމަށެވެ. 

ލޮލަށް މިރުސްފެން އެޅިފައި ނެތިއްޔާ ވާނުވާ ފެންނާނެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމު އޮތީ ހުކުމަށް ފިލަން ޖަރުމަނުގައެވެ. ވިލާގްރޫޕްގެ ސިޔާދު ގާސިމް އޮތީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. މި ސަރުކާރު ގެންނަން ކަނޑިކިން ދެދަރު ބަނދެގެން ގާސިމްގެ އަނބި ނަހުލާ ނިކުތީ ގާސިމާއި ސިޔާދު މިންޖު ކުރާށެވެ. ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދާކަށް ނޫނެވެ. ޖުމްހޫރީން މިސަރުކާރުގެންނަން ނިކުތީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރާށޭ މިއަދު ބުނީމާ އަންނަނީ ހިންޏެވެ. 

އަމީނުގެ އިބުރާހީމްގެ ލަދު ހަޔާތް ނުގަންނަކަމެވެ. މިސަރުކާރު މުޅި ރާއްޖެއަށް ގެނެސްދީފައި އޮތް ކުރިއެރުން އަމީނު އިބުރާހީމަށް ފެންނަ ވަރަށްވުރެ ވެރިކަމުގެ ދަހިވެތިކަން މާބޮޑެވެ. ރާއްޖޭގައި މުޅިން އަލަށް އެތައް ކްލާސް ރޫމާއި މަލްޓިޕަޕަސް ހޯލުތަކާއި ޖޫނިއަރ ކޮލެޖުތަކާ ސެޓެލައިޓް ސްކޫލުތައް ބިނާކޮށް އެތައް ހާސް ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔަވާދީ ތައުލީމީ ފެންވަރު މަތިކޮށްފައި އޮތްތަނެއް އަމީނު އިބުރާހީމަކަށް ނުފެންނާނެއެވެ. ސިއްހީ ފެންވަރާއި އާންމު ދިރިއުޅުމުގެ ފެންވަރު މަތިވެ ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް މި ސަރުކާރުން ގާއިމުކުރަމުން ދާކަން އަމީނަކަށް ނޭނގެއެވެ. 

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ވެސް އެއްކޮށް ފުނޑިފައިވާ ކަމަށް ބުނެ އަމީނު އިބްރާހީމް އަމިއްލަ ނަފްސަށް މަލަމާތް ކުރެވޭ އިރު ނޭގެއެވެ. ރާއްޖޭގެ މަސްވެރިކަމާ ދަނޑުވެރިކަމުގެ ވުޒާރާ ހިންގަނީ ޖޭޕީން ކަންވެސް ބުރާންތި ކަމުން ނޭނގެއެވެ. ދަތުރު ފަތުރާ ބެހޭ ވަޒީރުކަންވެސް ކުރަނީ ޖޭޕީން ކަމެއް އަމީނަކަށް ނޭނގެއެވެ. އަމީނުމެން ފަތުރަން ބޭނުންވާހާ ފިތުނަ ފަސާދައިގެ ވާހަކަތައް ބޭނުންވާހާ ގޮތަކަށް ފަތުރާ ނުދޭތީ މީޑިއާތަކަށް ތުހުމަތުތައްކޮށް ކޯތަޅުވަން ނޫޅޭށެވެ. 

މި ސަރުކާރު ވެރިކަމަށް ގެންނަން ވެގެން އުޅުމުން ޖުމްހޫރީންނަށް ނުލިބެނީ ކޮން އެއްޗެއް ހެއްޔެވެ. ގާސިމުގެ ތަންމައްޗަށް ވެސް ވަޒީރުކަމެއް އެބައޮތެވެ. ޓޫރިޒަމާ ފިޝަރީޒާއި ނަން ހުސްކޮށް ވަޒީރުކަމާ މަތިފަޑީން ޖޫމްހޫރިއަށް ޖާގަ ދިނެވެ. އަދުލުވެރި ބަދަލުގެ ނަމުގައި ބިލިޔަނުން ފައިސާ ހޯދިއެވެ. ކޮވިޑް ރިކަވަރީ ފަންޑުން ބޮޑުބައެއް ދަމައިގަތެވެ. ރާއްޖޭގެ ރިސޯޓުތައް ހުއްޓި ބޯޑަރު ތަޅުލެވިފައި އޮތް އިރު ކޮވިޑް ފެސެލިޓީ ގެނަމުގައި ގާސިމް އިބުރާހީމްގެ ރިސޯޓުތަކަށް މިލިޔަނުން ފައިސާ ހޯދިއެވެ. ޖުމްހޫރީންނަށް އެއްޗެއް ލިބުނު ކަމަށްވާނީ މުޅި ދައުލަތް ގާސިމުގެ ފައިކޭޓަށް މަހާލެވުނީމައެވެެ. 

]]>
Sat, 26 Aug 2023 10:26:41 +0500 ހީރަސްނިއުސް
ސިރާޖަށް: ދާއިރާ މީހުންނަށް ކާކުކަމެއް ނޯޅޭ https://heerasnews.com/1769 https://heerasnews.com/1769 މޫސާ ސިރާޖު ބޭނުންހާ ގޮތަކަށް އެމްޑީޕީގެ ކަންކަން އަނބުރާ ނުލެވުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ. މަޖިލިސް މެންބަރަކަށް ވުމަކީ މުޅި ދާއިރާގެ ރައްޔިތުން ތިމާ ބޭނުންހާ ގޮތަކަށް އަނބުރާ ލެވޭނެ ކަމެއް ނޫނެވެ. ދާއިރާގެ މެންބަރުންގެ ރޫހާ ހިލާފަށް މޫސާ ސިރާޖު އުޅުއްވަން ފެއްޓެވުމުން ޕާޓީގެ ތެރެއިން ބާކީވެ މަގުބޫލުކަން ގެއްލުމަކީ އެމްޑީޕީގެ އުނިކަމެއް ނޫނެވެ. 

ސަމާލުކަން ހޯދުމަށް އަތްގުޅި ނުކާވަރުގެ ސުރުހީ ހަދަން ޓްވީޓް ކުރިއަކަސް ދާއިރާ މީހުންނަށް ތިމާއަކީ ކާކުކަމެއް ނޯޅޭނެއެވެ. ނަސީބު ރަނގަޅު ކަމުން އެމްޑީޕީގެ ޓިކެޓެއްގައި މަޖިލީހަށް ހޮވިފައި ހުއްޓަސްް މީހާގެ އުޅުމާ ގުޅުންތައް ހުންނަ ގޮތުން ދާއިރާގެ ގިނަ ރައްޔިތުންގެ ތާއީދު ސިރާޖަށް ވަނީ ގެއްލިފައެވެ. އަމްދުން މުޅި އެމްޑީޕީގެ ލީޑަރޝިޕްގެ ރޫހާ ދެކޮޅަށް އިދިކީލި ވެގެން އުޅުއްވުމުގެ ނަތީޖާއަކީ ބާކީވުމެވެ.    

ދާއިރާއާއި ޕާޓީ މޫސާ ސިރާޖުގެ މުށުތެރޭގައި އޮންނާނީ މެންބަރުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރެއްވުނު ނަމަ ތާއެވެ. ލ. އަތޮޅުގައި އެމްޑީޕީ ފެތުރި ފުޅާވަމުން ދަނީ ފަތުއަޑުކިޔާފައެވެ. ސިރާޖު އެމްޑީޕީން ވަކިވުމުން ގެއްލުން ވާނީ އެމްޑީޕީއަށްވުރެ ސިރާޖަށެވެ. ސިރާޖުގެ އަވައިގައި ޖެހިގެން އެމްޑީޕީ ދޫކުރާ މީހުންނަށެވެ. ސިރާޖު އެމްޑީޕީން ވަކިވެގެން ވިއްޔާ އެމްޑީޕީއަށް ވާނީ ރަނގަޅެކެވެ. ސިރާޖަށް މޮޅު ގޮތަކަށް ސިރާޖު އުޅޭކަށް ސިރާޖަކަށް ހުރަހެއް ނެތެވެ. ސިރާޖުގެ ހިޔަނީގައި ތިބި ބަޔަކު ސިރާޖާއެކު ސިރާޖުގެ ފިޔަވަޅު މަތިން ނުހިނގާނެ ކަމަށް އެކަކުވެސް ނުދެކޭނެއެވެ. އެކަމަކު އެނިސްބަތް ފަންސާހަށް ވުރެ މިހާރަކު މައްޗެއް ނޫނެވެ،

ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްގެ މަގުބޫލުކަން ގެއްލި ބާކީ ވެފައިވާކަން ދަލީލުކުރާ އެތައް ސަބަބެއް އެބަހުއްޓެވެ. ފަހަކަށް އައިސް ބޭއްވުނު އެއްވެސް އިންތިހާބެއް ސިރާޖު ތާއީދުކުރި ކެންޑިޑޭޓަކަށް ކާމިޔާބުކޮށް ދެވިފައެއް ނެތެވެ. އެމްޑީޕީ ދާއިރާ އިންތިހާބާއި ޗެއަރޕަރސަން އިންތިހާބަށް ދާންދެން ކާމިޔާބު ކުރީ ސިރާޖު ތާއީދުކޮށް މަސަައްކަތް ކުރި ކެންޑިޑޭޓުންނަށް ނުވުމަކީ ދާއިރާގައި ސިރާޖުގެ މަގުބޫލުކަން ގެއްލިފައިވާ ވަރު ސާފުވާކަމެކެވެ. 

ފިސާރި މީހެއް ކަމަށް ދެއްކެން ދުރުތިބީންގެ ސަމާލުކަން ހޯދަން ޓުވީޓްކޮށްގެން ކަންކަން އޮޅުވައެއް ނުލެވޭނެއެވެ. އެމްޑީޕީ ދޫކޮށް ޑރ. މުއިއްޒަށް ތާއީދު ކުރަން ސިރާޖު ނިންމުމަކީ ތިމާގެ ކިބައިގާ ސާބިތު ކަމެއް އިތުބާރެއް ނެތްކަން ދަލީލުކުރާ ކަމެކެވެ. ޒަމާނުއްސުރެ ހިފަހައްޓަމުން އައިކަމަށް ބުނާ ހަމަތަކާ އުސޫލުތަކަކީ ބިލާހީ ހީލަތްތެރި އޮޅުވާލުމެއްކަން ވަރަށް ވެސް ސާފެވެ. 

]]>
Thu, 24 Aug 2023 10:07:30 +0500 ހީރަސްނިއުސް
ސަމާސާއެއް ނޫން & އެއްބިލިޔަންގެ ޑީލެއް https://heerasnews.com/1763 https://heerasnews.com/1763 ކޮންމެ ބަޔަކު ރައީސް ނަޝީދު ދެކެވަޑަނަވާގޮތް ގަބޫލުކޮށް އެ މަނިކުފާނު ފަހަތްޕުޅުގައި ތިބޭނަމަ އެއީ ހުދުކާފޫރެވެ. ކިލައެއް މިލައެއް ހުންނަކަމަކަށް ނުވެއެވެ. އެހެނެއް ކަމަކު އެމަނިކުފާނުގެ ވިސްނުންފުޅާ ފުށުއަރާ އެ މަނިކުފާނާ ފެޔަށް ޖެހިއްޖެ ނަމަ އެދެން ނިމުނީއެވެ. އެ މީހަކު އެހުރީ ވިކިފައެވެ. ގަނެފައެވެ. އަޅުވެތިވެފައެވެ. ރައީސް ނަޝީދުގެ ފުރައްސާރައިގެ އޮއިވަރުގައި އެންމެ ފަހުން ޖެހުނީ ކުޅުދުއްފުށީގެ ސިޔާސީ އިސްބޭފުޅުން ތަކެވެ. މެންބަރު ޔާސިރާއި މޭޔަރު އާތިފާ އެނޫންވެސް ބައެއް ކައުންސިލަރުންނެވެ. އެމްޑީޕީގައި ފިސާރި ގަދަކޮށް ތިއްބެވި މި ބޭފުޅުންގެ ފުށުން ކުއްލިޔަކަށް ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި ތަނެވެ. އެމްޑީޕީއަށް އޮތް ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ ގެއްލުވާލި ތަނެވެ. އެފިޔަވަޅަކީ އެބޭފުޅުން އެޅުއްވި ހައްގު އެހަމެ ހިތްވަރުގަދަ ފިޔަވަޅެއް ކަމަށް އެދުވަހު ރައީސް ނަޝީދު ސިފަކުރައްވާ ސާބަސް ދެއްވިއެވެ. ޑީލަކަށް ވިކުމަކަށް ހަށި ވިއްކުމަކަށް އެކަމެއް ނުވިއެވެ. 

ދުވަސްކޮޅަކު ސަރުކާރާ ފެއަށް ޖެހިގެން ޑިމޮކްރެޓްސްގައި ތިބުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް ތާއީދު ކުރަން ނިންމުމަކީ ޑީލަކަށް ރައީސް ނަޝީދަށް ވެއްޖެއެވެ. އަމިއްލަ އެދުމުގައި އަމިއްލަ ޖީބަށް އެބޭފުޅުން ލިބި ވަޑައިގެން ހައްގުނޫން ވިޔަފާރިއަކަށް އެކަން ވެއްޖެއެވެ.

ރައީސް ނަޝީދުގެ ތުހުމަތަށް މޭޔަރު މުހައްމަދު އާތިފް ރައްދު ދެއްވީ ރައީސް ނަޝީދުގެ ބަހުރުވައިންނެވެ. އާތިފު ވިދާޅުވަނީ ދަ ޑިމޮކްރެޓިކް ދޫކުރައްވާ އެބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ގުޅިވަޑައި ގަތުމަކީ ޑިލަކަށް ވާ ނަމަ، އެއީ ކުޅުދުއްފުށީގައި އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުމުގެ ޑީލެއް ކަމަށެވެ.  

މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކައުންސިލްގެ ގިނަ މެންބަރުން އަލުން ސަރުކާރާ އެކު މަސައްކަތް ކުރަން ނިންމުމުގައި އަމިއްލަ މަންފާއަށްޓަކައި ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް މޭޔަރ އާތިފު ވިދާޅުވިއެވެ. ކައުންސިލުން ގޮތް ނިންމީ ރައްޔިތުންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ލީޑަރ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެބޭފުޅުން އެމްޑީޕީއާ ގުޅުން އެއީ ވިޔަފާރި ޑީލެއް ކަމަށް ސިފަކުރައްވައިފައެވެ. އެ ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވަމުން އާތިފް ވިދާޅުވީ ސަރުކާރާ އެކު ޑީލެއް ހެދީ ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ކަމަށާއި އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. ރައީސް އިބޫއާ އެކު ޑީލެއް ހެދިކަމަށައި އެއީ ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ހެދި ޑީލެއް ކަމަށެވެ. ހެދި ޑީލަކީ އެ ކިޔާ 30 މިލިއަނަށް ވުރެ މާބޮޑު ޑީލެއް ކަމަށާއި ހެދި ޑީލްގެ އަގު އެއް ބިލިއަނަށްވުރެ މަތިވާނެ ކަމަށް މޭޔަރ އާތިފު ވިދާޅުވިއެވެ. އެބޭފުޅުން އެމްޑީޕީއަށް މިފަހަރު ބަދަލުވެ ވަޑައިގެން ވަޑައި ގަތުމުގެ ސަބަބުން ކުޅުދުއްފުއްޓަށް ލިބޭ މިންވަރު އެއް ބިލިއަނަށްވުރެ މަތިވާނެ ކަމަށް އާތިފް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެ ޑީލަށް ނޫނެކޭ ނުބުނެވުން. އެ ޑީލަށް އަޅުގަނޑުމެން ނޫނެކޭ ބުނެފިއްޔާ އެ ވެވެނީ ކުޅުދުއްފުއްޓަށް ބޭވަފާތެރި،" އާތިފް ވިދާޅުވިއެވެ.

]]>
Tue, 22 Aug 2023 20:43:23 +0500 ހީރަސްނިއުސް
ޝޭހު ލަތީފަށް: މުއިއްޒަށް ވޯޓުނުދީފިއްޔާ ނަރަކައަށްތަ؟ https://heerasnews.com/1757 https://heerasnews.com/1757

ވޯޓު ދީގެން ވެރިކަމަށް ރައްޔިތުން މީހުން ގެންނަނީ ކޮންމެ  ރައްޔިތަކަށް ލިބެވޭނެ އެންމެ ބޮޑު މަންފާއެއް ހޯދުމަށެވެ. ވެރިކަމަށް ގެންނާނެ މީހުން ނިންމާނީ ރައްޔިތުންނެވެ.

ޝޭހު ކަމުގެ ފަގުޑި އަޅައިގެން  ދަށްބަނޑާ  ހަމަޔަށް ތުނބުޅި ދިގުކޮށް ސުވަރުގެއާއި ނަރަކައިގެ ތަޅު ދަނޑި އުނގުގައި އަޅައިގެން އާއްމު ރައްޔިތުންނަށް ބިރުދައްކަން އެކަކުވެސް އުޅޭނެ ކަމެޢް ނެތެވެ. ވަކި މީހަކަށް ވޯޓުނުދީފިއްޔާ މީހުން ކާފަރުކޮށް ދީނުން ބޭރުކޮށް ނަރަކައާއި ސުވަރުގޭގެ ޓިކެޓް ބަހާކަށް އެއްވެސް އާދަމު ދަރިއަކަށް ކުޅަދުން ވަންތަ އިލާހު ނުޖަައްސަވައެވެ. ކްރިސްޓިއަނުންގެ ޕޯޕުންނަށް ފުއްސެވުމާ ރުއްސެވުމުގެ ބާރު އޮންނަކަމަށް އީސާއީންގެ ތެރޭގައި އޮންފަދަ ގަބޫލު ކުރުމެއް ދިވެހި އިސްލާމީ މުޖުތަމައުގާ ފަށަން ލަތީފު ޝޭހެއް ކަމަކު އުޅޭނޭ ކަމެއް ނެތެވެ.

ވައްކަމާ ހިޔާނާތާ ރިޝްވަތު ނަގާ، ދީ ހެދި ކަން ކަށަވަރުވެ ސާބިތުވެފައިވާ ބަޔަކަށް ބާރު ހޯދާދޭން ޝޭހުން ނިކުމެ އުޅެން އިސްލާމް ދީނުގައި އޮތީ ކޮންތާކު ހެއްޔެވެ. ރައްޔިތުންގެ ޒަރޫރީ މުހުތާދު ފުއްދަށް އެހީތެރިކަމެއް ދިއްކޮށްލީމާ  އެކަން ރިޝްވަތަށްވެ އެކަމުގައި ނަރަކަ ނޫން ތަނެއް އޮތް ކަމަށް ލަތީފަށް ނުވަނީތާއެވެ.

ހަމައެއް ލަމައެއް ނެތި މުޅި ދައުލަތް 7 އަހަރު  ދަވާލައިގެން ރިޝްވަތުދީ ރިޝްވަތުނަގާ ގައުމުގެ މުސްތަގްބަލް ފޭރިގަނެގެން އުޅުނު ބަޔަކު އަނބުރާ ވެރިކަމަށް ގެންނަންކ އިސްލާމުންގެ އިމާމުލްއަކުބަރަށް ވެގަނެގެން އުޅޭނެ ކަމެއް ނެތެވެ. ކީރިތި ރަސޫލާއަށް ފަހު ނަބީކަމާ ރަސޫލުކަން ވަނީ ހަތިމްވެފައެވެ. މިހާރަކު ވަހީއެއް ނާންނާނެ އެވެ. 

ނިކަން ރަގަޅަށް ލޯހުޅުވައިގެން ބަލާ ބަލާށެވެ. ތިޔަ ޕްރަމޯޓްކުރާ ބައިގަނޑުގެ އިސް ސަފުގާ ތިބީ ބޮޑެތި ފާސިގުންކަން ރަނގަޅަށް އެނގޭނެއެވެ. ބަރަހަނާ ހާލުގާ ތިބި މީހުން އެމީހުންގެ ބަހުން ނިހާޔަތަށް ހިމެނޭކަން ހަމަލޮލުން ބެލުމުން އެނގޭނެއެވެ. ދުވަހު ކުއްޔަށް ކޮޓަރި ދިނުމުގައި ދަނގަޑު ތޭރީގެ ހުރަހެއްގެ ފަހަތުގައި މުއިއްޒު ކުރީ ކަސްބީ ވިޔަފާރިކަން މުޅިރާއްޖެ ދަނެއެވެ. މިހަގީގަތްތައް މިހެން ހުއްޓާ ޝޭހު ލަތީފް މަސައްކަތް އެކުރަނީ ދީނަށްޓަކައެއް ނޫނެވެ. މުއިއްޒަށްޓަކައެވެ. ސަލަފީން ބާރުވެރިކުރުމަށް ޓަކައެވެ.

]]>
Fri, 18 Aug 2023 11:49:36 +0500 ހީރަސްނިއުސް
މުއިއްޒު ޔަގީންކޮށްދެއްވީ ސޯލިހަށް ދެދައުރު ހައްގުކަން https://heerasnews.com/1741 https://heerasnews.com/1741

ރައީސް ސޯލިހު ސަރުކާރުން ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހުއްޓައިނުލައްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވުމުން ރައީސް ސޯލިހަށް ދެވަނަ ދައުރު ދިނުމަކީ ކޮންމެހެން ކުރާން ޖެހިފައި އޮތް ކަމެއްކަން ކަށަވަރު ވެއްޖެއެވެ.  މި ސަރުކާރުން ފަށަފައިވާ ތަރައްގީގެ ކަންކަން ހުއްޓުމަކީ ތަރައްގީގެ ފިކުރުގެ ބަޔަކު ކުރާނެކަމެއް ނޫންކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމަކީ ވެރިކަމަށް މުއިއްޒު އަދި ގެންނަން ނުޖެހޭކަމަށް ވިދާޅުވި ވިދާޅުވުމެކެވެ. 

ރަށަށް އަންނަން އޮތް އެއްވެސް ތަރައްގީއެއް ހުއްޓައިނުލައްވާނެ ކަމަށް ވަނަމަ ތަރައްގީގެ ކަންކަން ކުރާ ސަރުކާރުން ތަރައްގީކޮށް ނިންމަންދެން މަދުން ހުންނެވުމަށްވުރެ މޮޅުގޮތެއް ރައްޔިތުންނަކަށް ނެތެވެ. ހިނގަ ހިނގާ އޮތް މަޝްރޫއުތަކެއް ހިންގަން ތިބި ބަޔަކު އަތުން ނަގާ އެހެން ބަޔަކު ހަވާލުވެގެން ކުރުމަށް ނުއްދަތާ ފައިސާ އިތުރަށް ހަރަދުވެ ފަސްވެ ލަސްވުން ނޫންކަމެއް ނުވާނެއެވެ.

ހަނިމާދޫގައި ހިނގާ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ މުއިއްޒު ދައްކަވާއިރު ހަނިމާދޫ އެއަރޕޯޓްތަރައްގީ ކުރަނީ އިންޑިއާ ސަރުކަރުގެ އެހީގައިކަން މުއިއްޒު އެހާ އަވަހަށް ހަނދާން ނެތިއްޖެއެވެ. ރަށުގެ އެއާޕޯޓު ފަދަ މަޝްރޫއުތައް ރަނގަޅަށް ކުރިއަށް ގެންދެވޭ ނަމަ ވަރަށް ފައިދާތައް ވީސްކަމަށް ވިދާޅުވީއިރު އެވިދާޅުވާ ތަރއްގީގެ ފިކުރުގެ މީހުން ވެރިކަމުގައި ތިބި އިރު ހަނިމާދޫ އަކީ އޮތްތަނެއް ކަމެއް އެމީހުންނަކަށް ނޭގެއެވެ. އެކަންކަން ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ ރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވާނެކަމަށާއި ވިޔަފާރިއަށްވެސް ފައިދާ ވާނެކަމަށް ޑރ. މުއިއްޒަށް އެނގުމުގެ މާކުރިން ރައީސް ސޯލިހަށް ވިސްނިވަޑައިގެން އެކަންކަން އެގެންދަވަނީ ބާރަށް ކުރިއަށެވެ. 

ރަށަށް ފައިދާހުރި ގޮތަށް ކަންކަން ކުރާވާހަކަ މުއިއްޒުމެން ދެއްކެވީމާ ރަށްރަށުގެ ރައްޔިތުން ކުރަނީ މަލާމާތެވެ. މުއިއްޒާ ވެރިކަން ހަވާލުކޮށްގެން މިހާރު ހިނގަމުންދާ ކަންކަމުގައި ބުރަކި ޖެހޭކަށް ރަށްރަށު ރައްޔިތުން ބޭނުމެއް ނުވެއެވެ. އެތައް ޒަމަނަކުއްސުރެ ރަށްރަށުގެ ރައްޔިތުން އިންތިޒާރުކުރި ރަށު ތަރައްގީ ރައީސް ސޯލިހު ގެނެސް ދެއްވަން ފައްޓަވާ ބޮޑެތި ކުރިއެރުންތައް ހުރިހާރަށަކަށް ހޯއްދަވަތަން އެރަށްރަށުގެ ރައްޔިތުންނަށް އެބަފެނެއެވެ. ދުވަހަކު ހުވަފެނުން ވެސް ނުދެކޭ ކަންކަން ވަކިރަށެއް ތަފާތުނުކޮށް ރަށްރަށުގައި ކޮށްދެއްވަމުން ގެންދަވާ ގެންދެވުމުގެ ފޮނި މީރުކަން ހޯދާދެއްވުމަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވުމަށް ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ. މުއިއްޒުމެން ދައްކަވާ ހުވަފެނުގެ ޖާދޫގައި ޖެހިގެން ކުރިއެރުން ހުއްޓި ލަސްވެ ފަސްވާކަށް ރައްޔިތުން ނޭދެއެވެ.  

]]>
Sat, 12 Aug 2023 16:12:47 +0500 ހީރަސްނިއުސް
ޔާމީން&ނަޝީދު: ވޯޓު ކަރުދާހުގެ ކިހާ ހިސާބެއްގާ https://heerasnews.com/1725 https://heerasnews.com/1725 " ޝައްކު ނުކުރައްވާ ވޯޓުކަރުދާސް ކޮޅުގައި ނަން އޮނާނެ " ކަމަށް ގަދަ ބަސް ބުނަމުން ދިޔަ މީހުން މިހާރު ކޮބައި ހެއްޔެވެ. ސެޕްޓެމްބަރ ނުވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅުގައި ރައީސް ޔާމީނުގެ ނަން އޮންނާނެ ކަމަށް ބަޔަކު ރައްޔިތުންނަށް ހުވަފެން ދެއްކިއެވެ. ހަމަ އެހެން ކުރީގެ ރައީސް ނަޝީދުގެ ނަންވެސް ވޯޓުކަރުދާސް ކޮޅުގައި އޮންނާނެ ކަމަށް ގޮވާ ހަޅޭލިއެވެ.

ކުރީގެ ރައީސް ޔާމީނުގެ ނަން އޮތުމާ މެދު ޝައްކު ނުކުރާން ބުނެ އަޑު އުފުލީ ގާނޫނީ ހަމަތަކުން އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ކުރީގެ ރައީސް ޔާމީނަށް ނެތްކަން އެނގި ތިބެއެވެ. ގާނޫނު އަސާސީގެ 109 މާއްދާގައި ބުނާ ޝަރުތުތައް ރައީސް ޔާމީނުގެ ކިބައިގައި ފުރިހަމަ ނުވާކަން އެނގިތިބެއެވެ. ގިނަ މީހުންނަކީ ގާނޫނީ ހަމަތަކަށް ފަރިތަ ބައެއް ނޫންކަމުން އެ މީހުން ގަބޫލު ކުރަނީ އެ ބަޔަކު ގަބޫލުކުރާ ސިޔާސީ ލީޑަރުން ދައްކާ ވާހަކައެވެ. ވަގުތުގެ ޖަޒްބާތުގައި މީހުން ޖައްސައިގެން މީހުން ވާވެއްދުމަކީ ސިޔާސީ ގިނަ ބަޔަކު ގަސްދުގައި ކުރާ ކަމެކެވެ. 

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަ ނުވާކަމަށް ކަނޑަ އަޅަން ދެން ޕީޕީއެމް ލީޑަރޝިޕަށް ސްޕްރީމް ކޯޓު ވަރެއް ނެތެވެ. ވޮޑުމުލާ މައްސަލައިގައި ދެ އަކުރުގެ ފަރަގަކުން ރައީސް ޔާމީނު މިނިވަން ވުމުން ސްޕްރީމް ކޯޓުން އިންސާފު ލިބެވޭ ކަމަށް ގަބޫލުކޮށް އެ ކޯޓަށް ތައުރީފް ކުރިއެވެ. ސްޕްރީމް ކޯޓަކީ ސަރުކާރުގެ ނުފޫޒެއް ނުފޯރާ މުސްތަގިއްލު ތަނެއް ކަމަށް އެ މީހުން އޭރު ބުންޏެވެ. މިއަދު އެލަވަ ބަދަލު ވެއްޖެއެވެ.

ރުހުމުގެ ލޮލަށް އައިބު ފެންނަ ކަމަށް ނުހެދިޔަސް ހަގީގަތަކީ ރައީސް ޔާމީނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ މީހެއް ނޫންކަމެވެ. ސްޕްރީމް ކޯޓުން ކޮށްދިން ކަމަކީ ރައީސް ޔާމީނުގެ ނަން ވޯޓުކަރުދާސް ކޮޅުގައި ޖެހެން ނެތްކަން ކަށަވަރުކޮށް ދިނުމެވެ. 

ވޯޓުކަރުދާސް ކޮޅުގައި ނަން އޮންނާނެ ކަމަށް ޝައްކު ނުކުރާން ބުނަމުން އައި އަނެއް ނަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 2018 ގެ ވޯޓު ކަރުދާސް ކޮޅުގައި ވެސް ރައީސް ނަޝީދުގެ ނަމެއް ނެތެވެ. އޭރު ނަޝީދު އޮތީ ގާޒީއަކު ރަހީނު ކުރުމުގެ ކުށުގައި ޖަލު ހުކުމުގައެވެ. މިހާރު ރައީސް ޔާމީނަށް ހިގާފަދަ ހުކުމެއް އެ ދުވަހު ނަޝީދުގެ މައްޗަށް ހިނގީއެވެ. 

ސެޕްޓެމްބަރ ނުވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅުގައި ރައީސް ނަޝީދުގެ ނަން އޮންނާނެ ކަމަށް ވަރަށް ބާރަށް ގޮވިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލި ވީއްސުރެ ސަޕޯޓަރުން ހިތްރުއްސާ ތާއީދު ހިފެހެޢްޓުމަށް ދެމުން އައި ޔަގީން ކަމަކީ ވޯޓު ކަރުދާސް ކޮޅުގައި ނަން އޮންނާނެ ކަމުގެ ޔަގީން ކަމެވެ. ރައީސް ކަމަށް ކުރިމަތިލުމަކަށް ނަޝީދަކަށް ގާނޫނީ ހުރަހެއް މިފަހަރު ނެތެވެ. ނަޝީދަށް ނެތީ ތާއީދުކޮށް ވެރިކަމަށް ގެނެސްދޭން މަސައްކަތް ކުރާނެ ބައެކެވެ. 

ހަމަތެދެކެވެ. ކުރީގެ ރައީސުންނަކީ މާޒީއެވެ. އެ މީހުންގެ ނަމެއް ދެނެއް މި ގައުމަކު ނުވިކޭނެއެވެ. 2013ގައި ދެވަނަ ފުރުސަތު ރައީސް ނަޝީދަށް ދިނެވެ. އޭގެން ނަޝީދުވީ ފޭއްޔެވެ. ރައީސް ޔާމީނަށް 2018ގައި ދިން ދެވަނަ ފުރުސަތުން ޔާމީނު ވެސް ވީ ފޭއްޔެވެ. މި ފަހަރު ދެވަނަ ފުރުސަތު ރައީސް ސޯލިހަށް އެ އޮތީ ދީފައެވެ. މި ފުރުސަތު ގެއްލިއްޖެނަމަ ރައީސް ސޯލިހަށް ވެސް ވަނީ ހަމަ އެހެނެވެ. 

ރައީސް ނަޝީދާ ރައީސް ޔާމީނަކީ ޓެސްޓްކޮށް ބޮޑު ތަނުން ފޭލިވެފާ ތިބި ދެމީހުންނެވެ. ދެ މީހުންމެ ދެން ރަނގަޅުވާނީ ރަށުތެރޭން ކޮންމެވެސް އެހެން ކަމަކާ އުޅުނިއްޔާއެވެ. 

]]>
Tue, 08 Aug 2023 15:19:07 +0500 ހީރަސްނިއުސް
މައުމޫނާ އަންނިހެން ޔާމީނު މާޒީވީ! https://heerasnews.com/1705 https://heerasnews.com/1705 ޕީއެންސީ ކެންޑިޑޭޓޭ ކިޔައިގެން މުއިއްޒު ނެރުމުން ޔާމީން ވެސް ސިޔާސީ އުދަރެހުން އޮއްސުނީއެވެ. އެއީ ވަކި މީހަކު ވީމާ ވާގޮތެއް ނޫނެވެ. ސިޔާސީ ކަންކަން ހިނގާ ގޮތެވެ. ޑީއާރުޕީން ތަސްމީނާ ޕީޕީއެމުން ޔާމީނު ދެެއްކުމަކީ އަމިއްލަ އަތުން މައުމޫނުގެ ސިޔާސީ ސަންދޯކުގައި މޮހޮރު ޖެހުމެވެ.  

އޭގެ ފަހުން މައުމޫނު އެރީ މައްޗަށްތޯ ނޫނީ ދަށަށް ގޮސް އޮއްސުނީތޯ ކިޔާ މީހާ ވިސްނާށެވެ. އެމްއާރުއެމް ކިޔާ ކަނދުފައްޗެއް ބަނދެގެން ލައްކަ ފަލި ޖަހައިފިއެވެ. ހައްތާ ދިޔައީ ފަހަތަށެވެ. 

އެމްޑީޕީން އަންނި ނޫން ވެރިޔަކު ދެއްކިފަހުން އެޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިޚާބަކުން އަންނި ދިޔައީ ބަލިވަމުންނެވެ. އޮފު ކެނޑި އޮއްސެމުންނެވެ. ޑިމޮކްރެޓްސް ކިޔާ ފައްތިޔަލެއްގައި އަންނި  ވެސް މައުމޫނު ޖެހި ފަލި އެދަނީ ޖަހަމުންނެވެ. ވާމޮޅެއް ލިބޭ ކުރިއެރުމެއް ނެތެވެ. މިއީ ކޮންމެހެން މައުމޫނާ އަންނި ވީމާ ވާގޮތެއް ނޫނެވެ. އެއީ ކަން ހިނގާ މަގެވެ. 

ޕީއެންސީގެ ކެންޑިޑޭޓޭ ކިޔާފައި ދެއްކި މުއިއްޒު ވެސް ވާނީ ޔާމީންގެ ސިޔާސީ ސަންދޯކުގައި އެޅި ދޮނަމަތި ފޮތިގަނޑަށެވެ. އެއީ ވެސް މުއިއްޒާ ޔާމީން ވެގެން ހިނގާ ކަމެއް ނޫނެވެ. އެއީ ދުނިޔެ ހިނގާ ގޮތެވެ.

މައުމޫނާ ޔާމީންގެ ނެތް ތިމާގެ ކަމެއް މުއިއްޒާ ޔާމީނުގެ ކިބަޔަކު ނެތެވެ. އަންނިއާ ޞޯލިހާ ނެތް ގާތް ގުޅުމެއް ޔާމީނާ މުއިއްޒުގެ ކިބަޔަކު ނެތެވެ. ފުރްޞަތު ލިބުނީމާ މުއިއްޒަށް އޮތީ ވަކިކޮން ޔާމީނެއް ހެއްޔެވެ؟ ބަލަން ތިބޭށެވެ. 

ސިޔާސީ ކަންކަމުގައި ގާތްތިމާގެ ލޭގެ ގުޅުމަށް ނުބަލާ އިރު، އެފަދަ ގުޅުމެއް ކިރިޔާ ވެސް ނެތް ޔާމީނަށް ބަލަންޖެހޭ އެއްވެސް ސަބަބެއް މުއިއްޒުގެ ކިބަޔަކު ވަކި ނޯންނާނެއެވެ.

އަދާލަތުން ޖުމްޙޫރީން އެމްޑީއޭ އިން ޕީޕީއެމަށް ބަދަލުވީ މުއިއްޒު ހިނގަންވާ މަގު މުއިއްޒަށް ފެންނާތީއެވެ. ވަޒީރުކަން 7 އަހަރު ކޮށް އިދިކޮޅުގައި އޮވެ މާލޭގެ މޭޔަރުކަން ހޯދީ މުއިއްޒުގެ މޮޅު ރޭވުމުންނެވެ. 

ޕީއެންސީ މެމްބަރަކަށް މުއިއްޒުވިތާ 6 ގަޑިއިރު ތެރޭ އިދިކޮޅު ރިޔާސީ ޓިކެޓް އެއޮތީ މުއިއްޒު އަތުގައެފެ. 

ގަބޫލު ކުރާށެވެ. ސިޔާސީ ލީޑަރެއްގެ ގޮތުގައި ޔާމީންގެ ނަންކިއުނު ދުވަސް މާޒީ ކަމުގައި ހަދާނީ އެހެން ދެވަނަ މީހެއް ނޫނެވެ. އެމީހަކީ މުއިއްޒެވެ. މޮޅުވާހަކަ ތަކާ ދައްކާ ޗަރުކޭހުން މުޅި އިދިކޮޅު އެކުގައި މުއިއްޒު ކޮޅަށް ކަހާ ހުސްކުރަމުންދާ ތަން ކޮންމެ ދުވަހަކު ދެކެން ތިބޭށެވެ. މާލޭގެ މޭޔަރުކަން ޕީޕީއެމުން ޕީއެންސީ އަށް ބަދަލު ކޮށްލި ގޮތަށެވެ.

]]>
Thu, 03 Aug 2023 20:42:05 +0500 Chief Editor
ޕީޕީއެމް& ޕީއެންސީ ސެނެޓަކީ ދަތްނެތް ސިންގާއެއް! https://heerasnews.com/1703 https://heerasnews.com/1703 ސިޔާސީ ޕާޓީއެއް ބިނާވެފައި އޮންނަނީ ސިޔާސަތު ތަކަކާއި އަސާސް ތަކެއްގެ މަތީގައެވެ. ވަރުވަރުން ކޮމެޓީތަކާއި މަޖިލިސްތަކާ ސެނެޓްތައް އޮންނަނީ ވަކި މީހެއްގެ އެކަނި އެއްޗަކަށް ޕާޓީ ނުވާތީއެވެ. އެހެން ނަމަވެސް ޕީޕީއެމް- ޕީއެންސީ ވަރަށް ތަފާތެވެ. އެ މީހުންގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ މީހުންގެ އެންމެ ބާރުގަދަ ގުނަނަކީ ސެނެޓެވެ. ޕާޓީގެ ކަންކަމުގައި ގޮތް ނިންމާނީ ސެނެޓެވެ. އެހެނަސް ޕީޕީއެމް- ޕީއެންސީ ސެނެޓަކީ ދަތްނެއް ސިންގާއެކޭ ތަފާތެއް ނެތެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ވާދަ ނުކުރެއްވޭ ހާލަތެއް އަތުވެއްޖެ ނަމަ އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނު ވިދާޅުވެފައިވަނީ ޕީއެމް/ޕީއެންސީން ބޭނުންވާ ކެންޑިޑޭޓާއި ރަނިންމޭޓްގެ ކަންތައް ދެ ޕާޓީގެ ލީޑަޝިޕުން އަމިއްލަ އަށް ކަނޑައެޅުމަށެވެ. އެކަމަކު ދެ ޕާޓީންވެސް ނިންމީ ކެންޑިޑޭޓާއި ރަނިންމޭޓް ކަނޑައެޅުން ޔާމީނަށް ދޫކޮށްލާށެވެ. ސެނެޓްގެ އެ ނިންމުން ރައީސް ޔާމީނު ކުރިން ގަބޫލުފުޅެއް ނުކުރެއްވިއެވެ.

ޕީޕީއެމް ކެންޑިޑޭޓަށް ވާދަ ނުކުރެއްވެންޏާ ރައީސް ޔާމީން ފަހުން އެދިވަޑައިގަތީ ޕީއެންސީގެ ސެނެޓުން އެ މީހުންގެ ރިޔާސީ ކެންޑިޑޭޓަކާއި މެދު ގޮތެއް ނިންމައިގެން ކުރިއަށް ދިޔުމަށެވެ. އެގޮތެއްވެސް އެ މީހުންނަކަށް ކަމަކު ނުދިޔައެވެ. އެއްގަލަކަށް ނޭރުނެވެ. ރިޔާސީ ޓިކެޓް ބޭނުންވާ މީހުން ގިނައީއެވެ. އެންމެ ފަހުން އެކަން ނިންމަންވެސް އެ ޖެއްސީ ޖަލުގައި އޮންނެވި ލީޑަރަށެވެ. 

ދެ ޕާޓީގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެ ކޯލިޝަންގެ 8 މެމްބަރުން ހިމެނޭ ލީޑަޝިޕުގައި އަމިއްލަ ބާރެއް ނެތެވެ. ޕީޕީއެމް- ޕީއެންސީއިން ވާދަ ކުރާނެ ރިޔާސީ ކެންޑިޑޭޓަކާއި ރަނިންގ މޭޓަކު އައްޔަނު ކުރުމަކީ ރައީސް ޔާމީނުގެ ކަމަކަށް ހެދީއެވެ. ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ޖޮއިންޓް ސެނެޓުން ގޮތެއް ނިންމަން ޔާމީނަށް ހުށަހަޅަން ލީޑަޝިޕުން ފާސްކުރިއިރު ޕީއެންސީން ބޭނުންވާ ގޮތެއް އެ ޕާޓީން އަމިއްލައަށް ނިންމަން ދެ ފަހަރަށް ޔާމީނު ފުރުސަތު ދެއްވިއެވެ. 

ރައީސް ޔާމީނު އެގޮތަށް ކަންތައް ކުރެއްވިޔަސް އެނޫން ގޮތެއް ނުވާނެކަން ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަނެއެވެ. ޔާމީނަށް އެ ފުރުސަތު ދޫކޮށްލަން ސެނެޓުން ނިންމަނީ އެކަމަށް ބޭނުންވާ ބަޔަކު ނެތިގެނެއް ނޫނެވެ. އެނޫން ގޮތަކަށް އެކަން ހިނގައްޖެއްޔާ ވާނެ ވަރާ ކޮށްލާނެ ވަރު ހިތައް އަރާ އެހެން ގޮތެއް ހަދަން ނުކެރެނީއެވެ.

ޕީޕީއެމް-ޕީއެންސީގެ އުންމީދުވާރު ކަމާމެދު ގޮތެއް ނިންމުމުގެ ހައްސާސްކަން ބޮޑު މިދަނޑިވަޅުގައި ޕީޕީއެމްގެ ސެނެޓްގައި ކެންޑިޑެންސީ އާއމެދު މަޝްވަރާ ނުކުރާތީ ސެނެޓްގެ މެމްބަރުންގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވެ ޒުވާބުން ހޫނުވެ ކިތަންމެ ދޮންވިޔަސް ޕީޕީއެމް- ޕީއެންސީ ސެނެޓް މެމްބަރުންނަށް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ.

ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ގޮތަކަށް އެކަކަށް އެއްކަމެއް ނުކުރެވޭ ވަރަށް ސެނެޓްގެ މެންބަރުން ތިބީފިތިފައެވެ. މީހެއްގެ މުށުތެރޭގައި ބަޔަކު ފިތިފައި އޮތްވަރު ނިކަން ދެކިބަލާށެވެ. ދެ ޕާޓީގެ ގާނޫނަކީ ވެސް ގަވައިދަކީވެސް އުސޫލަކީވެސް ރައީސް ޔާމީނު ވިދާޅު ބަސްފުޅެވެ.

]]>
Wed, 02 Aug 2023 19:21:03 +0500 ހީރަސްނިއުސް
ޔާމީނަށް ކެންޑީޑެންސީ ދިނުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފާނެ! https://heerasnews.com/1700 https://heerasnews.com/1700 ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސުލް ޖުމްހޫރިއޔާ ކަމަށް ކުރިމަތި ލެވެނީ ވަކި ޝަރުތު ތަކެއް ހަމަވެގެންނެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާ ބުނަނީ " ރައީސުލްޖުމްހޫރިއްޔަ ކަމުގެ މަޤާމަށް އިންތިޚާބު ކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ." 109 ވަނަ މާއްދާ ބުނާ ޝަރުޠު ތަކަކީ:- 

(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

(ށ) މުސްލިމަކުކަމުގައި ވުމާއި ، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(ނ) އުމުރުން ތިރީސް ފަސް އަހަރު ވެފައިވާ މީހަކު ކަމުގައި ވުން.

(ރ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުނ.ް.

(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާޞް ނުކޮށް ހުރި މީހަކު ކަމުގައި ނުވުން.

(ޅ) ޖިނާއީ ކުށެއް ކުރި ކަން ސާބިތުވެގެން ބާރަ މަސް ދުވަހަށްވުރެ ދިގު މްއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމ،ަ އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފް ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވުން.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައި ވީ ނަމަވެސް އެ މީހަކީ އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރި ކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

ކުރީގެ ރައީސް ޔާމީނަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި އެ ބުނާ ގޮތަށް "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސް ދުވަހަށްވުރެ ދިގު މްއްދަތުގެ ޙުކުމެއް ކުރެވިފައިވާ" މީހެކެވެ. އެ ޙުކުމް ތަންފީޛު ކޮށެއް ނުނިމެއެވެ. ހުކުމް ދަނީ ތަންފީޒު ކުރެވެމުންނެވެ. ޔާމީނަށް ސާބިތު ވެފައިވާ ޖިނާއީ ކުށުގެ އަދަބު އަދި މައާފު ކޮށްދީފައި ވެސް ނުވެއެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ކުރެވޭ މީހެއްގައި ހުންނަން ޖެހޭ ކަމަށް ގާނޫނު އަސާސީގެ 109 މާއްދާ ބުނާ ޝަރުޠުތައް ފުރިހަމަވާ މީހަކަށް ޔާމީނު ނުވެއެވެ.

އިލެކްޝަނުން ޔާމީނުގެ ފޯމް ބަލައިގަތަސް މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ މީހުންގެ ލިސްޓްގައި ޔާމީނުގެ ނަން އޮންނާކަށް ފުރުސަތެއް އަދި ނެތެވެ. ޔާމީނުގެ މައްޗަށް ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ސްޕްރީމް ކޯޓަކަށް ވެސް ޔާމީނުގެ ނަން ރިޔާސީ އިންތިހާބުގެ އުންމީދުވާރަކަށް ނުހެދޭނެއެވެ. 

ޔާމީނަށް ރިޔާސީ އިންތިހާބުގައި މި ދަނޑިވަޅު ވާދަ ކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. ޔާމީނުގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފައި ޖިނާއީ ދެ ކުށަކީ ޔާމީނު މައްޗަށް ކުށް ސާބިތު ނުވާ ދެހުކުމް ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމެވެ. އިސްތިއުނާފް މަރުހަލާގައި އޮތް އެ ދެ މައްސަލާގައި ހައިކޯޓުން ހުކުމެއް ނުއިއްވާ އޮއްވާ ސްޕްރީމް ކޯޓުން އިސްނަގައިގެން އެ މައްސަލައިގެ ހުކުމް ބާތިލު ކުރުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ.

އަސްލު މައްސަލައަށް އިންސާފު ހޯދާނުދީ ވަކި މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ހޯދާދިނުމަށް ބޮޑު ޖިނާއީ ކުށްވެރިއަކީ ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅުމަކީ ސްޕްރީމް ކޯޓުން ކުރާނެ ކަމެއް ނޫނެވެ. ގާނޫނީ ހުކޫމަތު ހިނގާ ތަނެއްގައި އެއްޔަކީ ކޮށްއުޅޭ ކަންކަމެއް ނޫނެވެ. މި ހުރިހާ ކަމެއް މިހެން އޮތަސް ޔާމީނަށް ކެންޑީޑެންސީ ދިނުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފާނެ ހެއްޔެވެ.    

]]>
Tue, 01 Aug 2023 14:57:33 +0500 ހީރަސްނިއުސް
ޕީއެންސީން ޑރ. މުއިއްޒާއެކު އަލީ ރަމީޒު؟ https://heerasnews.com/1695 https://heerasnews.com/1695 އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުކަން ކުރީގެ ރައީސް ޔާމީނަށް އެޕާޓީ ދީގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ޕީޕީއެމްގެ ބެކަޕް ޕާޓީ ޕީއެންސީ އަކީވެސް ސިޔާސީ ޕާޓީއެކެވެ. އެޕާޓީންވެސް ކެންޑިޑޭޓަކު ނެރުމަކީ ނުކުރާންވީ ކަމެއް ނޫންތާއެވެ. ޕްލޭންބީ ކުރިއްސުރެ އެގޮތަށް އޮތަސް ދުލުކުރިން ކިޔަކިޔާ މި ތިބެނީ ރައީސް ޔާމީނު ރައީސް ޔާމީނެވެ.

ހިޔާނާތާ ފަސާދައިގެ ސަބަބުން ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަށް ކުރިން ވެސް އެނގެއެވެ. ޔާމީނަށް ވާދަ ކުރެއްވޭ ގޮތަކަށް އެއްވެސް ކަމެއް ޕީޕީއެމް ލީޑަރޝިޕުން ނުކުރެއެވެ. ވަގުތު ދުއްވާލީ ބޭކާރު ކަންކަމުގައި ޝޯ ކުރުމުގައެވެ. ބައިބޯ ޕީޕީއެމަށް ހެޔޮވަރުގެ މުޒާހަރާއެއް ޖައްސާލާ ސަރުކާރަށް ޕްރެޝަރކޮށް ނުލެވުނެވެ. އިންޑިއާ އައުޓަކާ ޗާގޯހެއްގައި ދުވަސްތައް ދުއްވާލީއެވެ. ރައީސް ޔާމީނު ނެރޭކަށް ލީޑަރޝިޕުން ކަމެއް ނުކުރެއެވެ. ކޮންމެ މީހަކު އުޅުނީ އެ މީހަކު މަޝްހޫރުވާށެވެ. ނަމުގައި ޔާމީނެވެ. 

ހަރާން ހުކުން މުޒާހަރާ ވެސް އެއްޗަކަށް ވާހެން ޖައްސައެއް ނުލައެވެ. ކަސްރަތު ކުލާހަކަށް ނުއުމުރުގެ ކަނބަލުން ކޮޅެއް ގޮސްގެން އުޅޭހެން ކޮންމެ ރެއަކު ގަޑިއެއް ހާއިރު އުޅެލާ އުޅުންފިޔަވާ ކުރިކަމެއް ނެތެވެ. އާއްމު މެންބަރުންގެ ލޮލުގައި އަޅުވާ އަދުނެއްގެ ގޮތުގައި ޔާމީން ޔާމީން ދުލު ކުރިން ކިޔާލަ ކިޔާލާ ތިބެ ލީޑަރޝިޕުން ކުރަމުން ދިޔައީ އެހެން ކަމެކެވެ. ޑރ. މުއިއްޒު ރައީސް ކަމަށް ފައްކާ ކުރުމެވެ.

ވަކި ސަރިކާރެއްހެން މާލެ ސިޓި ކައުންސިލް މުއިއްޒު ހިންގަމުން އައީ ސަމާސާއަކަށް ނޫނެވެ. ތަފާތު ދައްކަމުން ބޮޑު އީދު ގިޑިގެ ތަކުން މާލެ ދިއްލާލީ އޮޅުމަކުން ނޫނެވެ. މާލޭ މޭޔަރުކަމުގެ އެޑްވާންޓޭޖް ނަގައިގެން މުއިއްޒު އައީ ބަރާބަރަށް ޖާގަ ހަދަމުން ފައްކާ ވަމުންނެވެ. ރިޔާސީ ރޭހަށް މުއިއްޒު ނިކުތުމަށް އޮތް ހުރަހަކީ އަބަދުވެސް ޔާމީނެވެ. ޔާމީނާ ހެދި މުއިއްޒަށް މަގު އޮތީ ބަންދު ވެފައެވެ.

އެންމެ ފަހުން މުއިއްޒު ހުރީ ޔާމީނުގެ ފަހަތުގައި ކަމަށާއި ޔާމީނަށް ވަފާތެރި ވާނޭ ކަމަށް ބުނީ އޮޅުމަކުން ނޫނެވެ. ޕީޕީއެމްގެ ސިޔާސަ ކުދިންނަށް އޮޅުވާލުމަށެވެ. ވަރަށް ފުރިހަމަޔަށް މުއިއްޒު ތައްޔާރުވެ ފަހު ވަގުތު މުއިއްޒު ގޯލްޑަން ގޯލް އެ ޖަހާލަނީ ކީޕަރު ގައިގާ ޖައްސާ ގޯލު ކަނަށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި އޮތް އޮޕްޝަނުގެ ގޮތުގައެވެ. ޕީއެންސީ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައެވެ.

ގާނޫނީ ގޮތުން ޔާމީނަށް ރިޔާސީ ރޭހަށް ނުނިކުމެވި ފޯމް ބާތިލުކޮށްލާއިރު ޕީއެންސީ ކެންޑީޑޭޓް މުއިއްޒުގެ ކެންޑީޑެންސީ ބަލައިގަނެވޭނެއެވެ. މުއިއްޒު ބަލައިގަތުމަށް ގާނޫނީ ހުރަހެއް ނުއޮންނާނެއެވެ. މުއިއްޒު ނިކުންނަނީ ރައީސް ޔާމިންގެ ލަފާފުޅާއެކުގައި ކަމަށް ބުނީމާ ނިމުނީތާއެވެ. އެ ވާހަކަ ތެދުކޮށް ދޮގު ކުރެވޭނެ ގޮތެއް ނުއޮންނާނެއެވެ. ޔާމީނު ދޫވެ ހަގީގަތް ސާފު ވާއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. 

އިދިކޮޅު ކޯލިޝަންގެ ވިސްނުން މިވަގުތު ހުރީ ޔާމީންގެ ކެންޑިޑެސީ ފޯމުގެ އިތުރަށް ޕީއެންސީން ކެންޑިޑޭޓަކާއި ރަނިން މޭޓު ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށެވެ. ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ކިމިޝަނުން ބަލައި ނުގެންފިނަމަ ޕީއެންސީ ކެންޑިޑޭޓް ޑރ. މުއިއްޒު ރިޔާސީ އިންތިހާބަށް ނުކުތުމުން ޔާމީނު ގުރުބާންކޮށް މުއިއްޒަށް ޕީޕީއެމާއި ޕީއެންސީ މިލްކުވީއެވެ. ކިހާރީތި ހެއްޔެވެ.

ފިސާރި ވިސްނުންތެރި ކަމާއެކު ދުރާލާ ޑރ. މުއިއްޒު އެތެރޭގައި ހުރެ މުޅި ޕީޕީއެމް އަތްދަށު ލީއެވެ. ޖުމްހޫރީން ބޮޑުފަޅިވަރެއް އިގްބާލާއި އަލީ އާރިފް ގެންނާނެއެވެ. މުއިއްޒުގެ ޅިޔަނު ޝައިހު ޖަނާބުގެ ދެދަރިން ކަމަށްވާ އަބްދުއްލާއާއި އިބްރާހީމް މުއިއްޒުގެ ފަހަތަށް ސަލަފް ޖަމްއިއްޔާ ގެނެސް ދޭނެއެވެ. ޕީއެންސީގެ ރަނިންގ މޭޓަކަށް ނިކުންނާނީ އަލީ ރަމީޒު ނޫންކަމެއް ނޭގެއެވެ.  

]]>
Mon, 31 Jul 2023 19:54:53 +0500 ހީރަސްނިއުސް
އައްޑޫ މޮޔަހެއްދުމުން ތަށި މިލްކުކުރުމަށް އަންނި އައްޑޫގައި. https://heerasnews.com/1689 https://heerasnews.com/1689 ވީގޮތާ ވަމުންދާގޮތް ލޯކުރިމަތިން ފެނުނަސް ގަބޫލު ނުކޮށް ގަދަދައްކާ މޮޅުބަސްބުނެ އަނގައިން ދެރަނުވެ ތެޅެފޮޅެވިދާނެއެވެ. އެހެނެއް ކަމަކު  އާޚިރުގައި ދާނީ ހުޅުނބެވެ. މުއްގަނޑަށް ވަދެ ވާނީ ހުހެވެ. 

ޑރ. މުނައްވަރާއި ޑރ ޑީޑީ އާއި އަލްހާނު ފަހުމީއާއި އައްޑޫ އަސްލަމަކީ އެމްޑީޕީގައި ގަދަކޮށް ތިބި އެމްޑީޕީ މީހުންނެވެ. ފަހަރަކު ވަކެއް ވައްޓަމުން ގޮސް އެމްޑީޕީގައި ހުރި އައްޑޫގެ އެންމެ ފަހު ފުލުވައް ކަމަށްވާ މެމްބަރު އަސްލަމް ވައްޓާލީ އަންނިއެވެ. ފުލުވައް ވެއްޓުނީމާ ރޫޅޭ ގޮތަށް އައްޑޫއިން އަންނި ރޫޅި ފުނޑުވީ އެސަބަބާ ހެދިއެވެ.  

މޮޅުވާހަކަ ތަކުން ބަޔަކު ހެއްލޭނީ ވަކި ވަރަކަށެވެ. އަބަދަކު އެންމެނަކު މޮޔަ ހައްދައިގެން އެކަކަށް ވެސް ނޫޅެވޭނެއެވެ. އަންނި ބުނިއްޔާ ބުނިހާ ކަމެއްކޮށް ކަނާތުން ޖަހާ ވާތް ބުރިކޮށްގެން ވެސް އައްޑޫ މީހުން ތިއްބެވެ. މެގަޗިޕް މީހެއްގެ އަތުގައި ހިފައިގެން އައްޑޫއަށް ގޮސް މިއީ އައްޑޫ މީހެކޭ ބުނެ އައްޑޫ އިން އިބޫއަށް ލިބޭ ވޯޓް މަދުކުރަން އަންނި އަރާ އެ އުޅެނީ  އައްޑޫގައެވެ. 

ދިވެހިން ކިޔާ ގޮތުގައި ރާއްޖޭގައި ތިބި އެންމެ ތަންދޮރު ދަންނަ ހޭޖެހޭ ތަހުޒީބު މީހުން ގިނައީ އައްޑޫ ގައެވެ. މުނައްވަރާއި ޑީޑީއާއި އަލްހާނާއި އަސްލަމްގެ ކަންތަކާ މެދު ނުވިސްނާ ، މިފަހަރު އަންނިގެ މެގަޗިޕް ގައި އައްޑޫ މީހުން ޖެއްސިއްޖެ ނަމަ ، އައްޑޫ މޮޔަ ހެއްދުމުން މިފަހަރު އަންނިއަށް ތަށި މިލްކު ވާނެއެވެ.

އައްޑޫމީހުންނާ މެދު އަންނިގެ ހިތުގައި ކުޑަ ނަމަވެސް އަގަލެއް އޮތްނަމަ ދިވެހިރާއްޖޭގެ ގާނޫނު ހަދާ ބާރުގެ ވެރިޔަކަށް މިއަދުވެސް ހުރީހީ އައްޑޫ މީހެކެވެ. އެމްޑީޕީގެ 54 މެމްބަރުންނަށްވުރެ ގިނަ މެމްބަރުން ސޮއިކޮށް އަންނިގެ އިތުބާރު ނެތްކަމަށް ނިންމީމާ ގަދަބާރުން ރިޔާސަތު ދޫނުކޮށް އަންނި އެހުރީ އައްޑޫ އަސްލަމަށް ދިވެހިރާއްޖޭގެ 3 ބާރުން އެއްބާރުގެ ވެރިކަން ލިބުނަ ނުދޭށެވެ. އަންނި އެކަން ނުކުރާން ހުރި އެންމެ ބޮޑު ސަބަބަކީ އަސްލަމަކީ އައްޑޫ މީހަކަށް ވާތީއެވެ.  

އެކަން އެހެން ކޮށްފާމެ އިބޫއަށް އައްޑޫން ލިބޭ ވޯޓް މަދު ކުރާނަމޭ ހިތާ ކުޑަކާފު ބޮޑުކާފުން 3 ހާސް ހަމަނުވާ މެގަޗިޕް މީހަކު ދައްކައިގެން އައްޑޫ މީހުންގެ ބޮލަށް ޗިޕް ޖަހާ ، އައްޑޫ މޮޔަ ހެއްދުމުން ތަށި މިލްކް ކުރަން އަންނިއަށް އައްޑޫއަށް އަރަން ކެރުނު ކަމެވެ. ޑރ މުނައްވަރު ކުރިމަތި ލައްވައިގެން ވެސް އަންނި ކުރަން ބޭނުން ކަމަކީ އައްޑޫއިން ރައީސް އިބޫއަށް ލިބޭ ވޯޓް މަދު ކުރުމެވެ.

ތަންކޮޅެއް ފުންކޮށް އައްޑޫ މީހުން ވިސްނަން ވެެއްޖެއެވެ. އަންނިއަކީ ފިސާރި މާލޭ މީހެކެވެ. އަންނިއަށް ވެގެން މާލެ ނޫން ހިންނަވަރު މީހެއް ނުވަތަ އައްޑޫ މީހަކަށް ބާރެެއް ލިބުނަކަ ނުދޭނެއެވެ. 

އަންނިގެ މަޅީގައި އިތުރަށް އައްޑޫ މީހުން ޖެހިއްޖެ ނަމަ އައްޑޫ ވާނީ ރާއްޖޭގައި އެންމެ ގިނަ ކޮހުން އުޅޭ ސިޓީ އަށެވެ. މޮޅު ވާހަކަ ދައްކައިގެން މާޒީގައި އަންނި ވަނީ އައްޑޫއަށް ލައްކަ ފަހަރު ލަގާ ދީފައެވެ. މިއީ އައްޑޫ މީހުން މޮޔަހެެއްދުމުން އަންނި ތަށި މިލްކު ކުރާނަމޭ ހިތާ އުޅޭ ފަހަރެވެ. ބަލަން ތިބެމާ ބަހީއެވެ.

]]>
Sun, 30 Jul 2023 11:03:52 +0500 ހީރަސްނިއުސް
އެމްޑީޕީ އުފެއްދީ މައުމޫނުގެ ލެގަސީ ދަމަހައްޓާކަށްނޫން https://heerasnews.com/1680 https://heerasnews.com/1680 ފުރަތަމަ ބުރު ކީއްކުރަން ހެއްޔެވެ. ދެވަނަ ބުރުގައިވެސް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ބައިވެރިނުވުމަކީ ރައީސް ސޯލިހަށް ނުވަތަ އެމްޑީޕީއަށް އޮތް ގޮންޖެހުމެއް ނޫނެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު (އިބްރޭ) އެ ވިދާޅުވީ ވަރަށް ބޮޑު ތެދު ފުޅެކެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް އެމްއާރުއެމަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވީ ސަރުކާރު ހިންގާ ކޯލިޝަނުގައި އެމްއާރުއެމް އޮތީމައެވެ. އެނޫން ސަބަބެއް އެމްއަރުއެމަށް ދައުވަތު ދޭން ޖެހޭ އޮތީއެއް ނޫނެވެ. 2018 ގައި ކޯލީޝަން ހަދަން އައީ އެންމެ ތިން އަކުރު ހިފައިގެން ހުސް އަތާއެވެ. ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުވެސް ނެތީހެވެ. އެކަމަކު ކޯލިޝަން ޕާޓްނަރަކަށް ވެގެން 15 ޕަސެންޓް ސަރުކާރުން ހޯދައިގެން ނެތް މޮޅުގައި ފަސް އަހަރު ހޭދަކޮށްފައި ތާއީދެއް ނުކުރަމޭ ބުނީމާ އަންނަނީ ހިންޏެވެ. 

ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއް ލިބިފައި ނެތަސް ހެޔޮތާއެވެ. ސިޓީކައުންސިލަކުން އަތޮޅު ކައުންސިލަކުން ރަށު ކައުންސިލަކުން އެންމެ ގޮނޑިއެއްހާ ހިސާބުވެސް އެމްއާރު އެމަށް ލިބިފައި އޮތީއެއް ނޫނެވެ. ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭ ގާނޫނީ އަދަދު ކަމަށްވާ 3000 މެންބަރުން ހަމަ ވަނީ އެއް ނޫނެވެ. ސިޔާސީ ގޮތުން ތާއީދު ނެތަސް 30 އަހަރު ވެރިކަން ކުރި ރައިސް މައުމޫނަށް ކުރާ އިހުތިރާމެއް ފިޔަވާ އެހެން އެއްޗެއް އޮތް ބައެއް ނޫނެވެ.

އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުނުކޮށް އެމްއެމްއާރު ކޯލިޝަނުން ވަކިވިޔަސް އެއީ ރައީސް ސޯލިހުއަށް އަދި އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ގޮންޖެހުމަކަށް ނުވާނެއެވެ. އެމްޑީޕީގެ ސިޔާސަތު ތަކަކީ ރައްޔިތުން ގާތުން އަހައި އޮޅުންފިލުވައިގެން ތަންފީޒުކުރާ ސިޔާސަތުތަކެކެވެ. އެމްޑީޕީގެ ސިޔާސަތަކީ ފާރިސް މައުމޫނަށް ރަނިންގ މޭޓްކަން ދީގެން ރައީސް މައުމޫނުގެ ލެގަސީ ނަގަހައްޓާ ދެމެހެއްޓުމެއް ނޫނެވެ. 

]]>
Thu, 27 Jul 2023 15:16:16 +0500 ހީރަސްނިއުސް
އަނބިމީހާ ބެޗީ ޑިލޭ ސްޕްރޭއަށް ވެސް ނުޗަލައިގެން https://heerasnews.com/1664 https://heerasnews.com/1664   4  އަހަރުގެ  ތަފާތުން:-

  • އަންނި  ޒުވާން   
  • އިބޫ  މުސްކުޅި  

އިބޫ އަށް ލިބޭ ވޯޓް މަދު ކުރާނަމޭ ހިތާ އައްޑޫ މީހުންނަށް މެގަޗިޕް މީހަކު ދައްކަން އަންނި ބޭއްވި ޖަލްސާގައި ރައީސް އިބޫއަށް އަންނި ގޮވި ކުނި ހުތުރުން މިއީ ކުޑަވަރެކެވެ. 

މީހެއްގައި އަޚްލާގެއް ގޮތެއް  ފޮތެއް ނެތޭނީ މިހާކަށް ވަރަށެވެ. މީހަކު ލަދު  ހަޔާތް  ކުޑަވާނީ މި މިންވަރަށެވެ. އެކަމު ތިމާމީ ޑިމޮކްރަސީގެ އައްޕައާއި އިންސާނީ ހައްގުގެ އަމަޔޯލައެވެ. އެއަށް ނުވިޔަސް އެންމެން ދަންނަ ކަމެއް އެބައޮތެވެ. އެއީ އަލަމްގިރި އަކީ އޭނާގެ ފަހަރި ކަމެވެ. 

ދިވެހިންގެ މައިކަށި ހިމުން ކޮށްގެން ވެރިކަން ހަވާލު ކުރީމާ ހެޔޮމަގުން އެކަން ކުރާކަށް ނޭނގުނެެވެ. އުޅެގަތް ގޮތުންނާ ތެޅެގަތް ވައްތަރުން އޮބި ނޯވެގެން 3 އަހަރުން މަގުމަތިވީ އެވެ. 

މީނާގައި ގާބިލްކަމެއް ހިކުމަތެއް ކެތްތެރި ކަމެއް ނެތުނީމާ އަނެއް 7 އަހަރު އެމްޑީޕީ މީހުންނަށް ޖެހުނު ހާލު މާތްކަލާނގެއާ ވަކީލެވެ. އެމްޑީޕީ މެމްބަރުންނަށް އަންނި ދަސްވެ އޭނާ ދޫކޮށްލީ އެހެންވެއެވެ. 

މިހާރު އެއުޅޭ ގޮތެކެވެ. ގޭގައި އުޅުނު ހިންނަވަރު ކުއްޖަކު ވެރިކަމުގައި ހުއްޓަތީވެ އެހުރީ ހަސަދައިން ފޯވެފައެވެ, އެހެންޏާ! މިއީ މާ މާލެ ވަންތަ ރަސްމަތިފުށު  ދަނޑިކޮށީ ދަރިކޮޅުގެ ބޭފުޅެކޯލައެވެ. ތިޔަ ބުނާ ދަނޑި ދިވެހިން ދުށީ އަލަމްގިރި ފިލްމުންނެވެ. އޭގެ ފަހުން ދަނޑިމޮޓްރެކްސްގެ ފަރާތުންނެވެ.

އުމުރުން 70 އަހަރުން މަތިވެފައި ހުރި ސޭޓަކު ވެރިކަމަށް ގެނެވޭތޯ ދުވުނީ އޭނާ ޒުވާން ކަމުން ހެއްޔެވެ؟ އަންނަ މޭ މަހު 65 އަހަރުގެ 5 ހާސް ޔާމީނު ވެސް ނަގާނެއެވެ. އެކަމު ޔާމީނަށް ކުރި ފްލާރޓަކާ ޕީޕީއެމް އަކުން ވެސް އަޅައެއް ނުލިއެވެ. ހިތުގައި އޮތް ހަސަދައިން އިބޫ ނޫން އެންމެން އަންނިއަށް ޒުވާނެވެ.

އަންނިގެ ހަސަދައާއި ނަފްރަތާއި އަދާވާތްތެރި ކަމުގައި ރާއްޖެ އަންދާ އަޅިއަށް ހެދުމުގެ ކުރިން އޭނާއާއި ފެއަށް ޖެހުމަކީ ދިވެހިން ކޮންމެހެން ކުރަންޖެހޭ ކަމެެކެވެ. އިނދެގެން އުޅުނު އަނބިމީހާ ބެޗީމާ އެމީހާ އެހުރީ ޑިލޭ ސްޕްރޭ އިން ވެސް ނުޗަލާ ވަރުވެފައެވެ.

]]>
Mon, 24 Jul 2023 10:20:06 +0500 ހީރަސްނިއުސް
ރައީސް ޔާމީނާ ދެކޮޅަށް ޕީޕީއެމްގައި ދެއޮއިވަރެއް https://heerasnews.com/1660 https://heerasnews.com/1660 ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމް ސެނެޓަރަކު ވިދާޅުވާ ގޮތުގައި ޕީޕީއެމް ތެރޭގައި ތަފާތު ތިން އޮއެވަރެއް ވަރަށް ބާރަށް އެބަ ހިނގައެވެ. އޭގެ ތެރެއިން ދެ އޮއިވަރަކީ ރައީސް ޔާމީނުގެ ނަންފުޅު ބޭނުން ކޮށްގެން ރައީސް ޔާމީނާ ދެކޮޅަށް ހިންގާ ދެއޮއިވަރެކެވެ. ރައީސް ޔާމީނާ އެއްކޮޅު އޮއެވަރަކާއި ދެކޮޅު ދެއޮއިވަރު ހިނގަނީ ވަރަށް ރޭވުންތެރި ކަމާއެކުގައި ކަމަށް ސެނެޓަރ ވިދާޅުވިއެވެ. 

ރައީސް ޔާމީނާ ދެކޮޅަށް ޕީޕީއެމްގައި ހިންގާ އެއް އޮއެވަރުގައި އިސްކޮށް ހުންނަވަނީ މާލޭ ސިޓީ މޭޔަރ ޑރ. މުއިއްޒުކަމަށް ސެނެޓަރ ތުހުމަތު ކުރައްވައެވެ. ޑރ. މުއިއްޒު އިސްވެ ހުންނަވާ ހިންގާ ހަރަކާތުގެ އަމާޒަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް މުއިއްޒުއަށް ހޯއްދެވުން ކަމަށް ވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ޕީޕީއެމްގެ ޓިކެޓް ނުލިބިއްޖެ ނަމަ ރައީސް ސޯލިހުގެ ރަނިންގ މޭޓަކަށް ވެވަޑައިގަންނަވަން ވެސް މުއިއްޒު ހުންނެވީ ތައްޔާރަށެވެ. 

ރައީސް ޔާމީނާ ދެކޮޅަށް ޕީޕީއެމްގައި ހިނގާ އަނެއް އޮއިވަރަކީ ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން ހިންގާ އޮއިވަރެއް ކަމަށް މައުލޫމާތު ދެއްވި ސެނެޓަރ ވިދާޅުވިއެވެ. ރައިސް ނަޝީދުގެ އިރުޝާދަށް އިސްކޮށް މަސައްކަތް ކުރަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ކަމަށް އޭނާ ވިދާޅުވެއެވެ. ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރ ޠާރިގް (ޓޮމް)އާއި މަސައްކަތް ކުރައްވަނީ ސީދާ ރައީސް ނަޝީދުގެ އިރުޝާދަށް ކަމަށް ސެނެޓަރ ވިދާޅުވެއެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި "ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށް ޝިޔާމް މަސައްކަތް ކުރައްވަމުން ގެންދަވަނީ ނަޝީދުގެ އިރުޝާދާއެކު ވަކި އެޖެންޑާއެއް އޮވެގެން" އެވެ. ޝިޔާމްއާއި އިންޑިއާ އެމްބަސީއާވެސް ގާތް ގުޅުމެއް އޮންނަކަމަށް އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ތުހުމަތު ކުރައްވާ ކަމަށް އޭނާ ވިދާޅުވެއެވެ.

ރައީސް ނަޝީދުގެ އިރުޝާދަށް މަސައްކަތްކުރާ ޕީޕީއެމް ހަރަކާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްއާއި އިންޑިއާ އެންބަސީގެ ދައުރެއް އޮންނަ ކަމަށް ވެސް ނަން ހާމަކުރަން ނޭދޭ ސެނެޓަރ ވިދާޅުވިއެވެ. ޕީއެންސީގެ ރައީސް އަދުރޭއާއި މާވަށު ދާއިރާގެ މެންބަރ މުހައްމަދު ސައީދުގެ ކޮންޓްރޯލު އޮންނަނީ ގާސިމް އަތްޕުޅުގައި ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވައެވެ.

ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއާއި، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިދިކޮޅު ޕީޕީއެމް - ޕީއެންސީގެ ފަންޑު ރައިސިން ކޮމިޓީން ދުރުކޮށް ދަ ޑިމޮކްރެޓްސް އާއެކު ޕީޕީއެމުން ކުރިޔަށް ގެންދާ ސިޔާސީ މަޝްވަރާ ތަކުން އެއްފަރާތް ކުރުމަށް ރައީސް ޔާމީނު އެންގެވީ އެހެން ވެގެން ކަމަށްވެއެވެ. އިދިކޮޅު ޕީޕީއެމްގެ ފަންޑް ރައިސިން ކޮމިޓީއާއި އަދި ސިޔާސީ މަޝްވަރާތަކާ ބެހޭ ކޮމިޓީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނެސްފައިވަނީ ރައީސް ޔާމިން ޖަލުން ފޮނުއްވާފައިވާ ނޯޓަކާއި ގުޅިގެން ކަމަށްވެއެވެ.

ޕީޕީއެމް - ޕީއެންސީ ކޯލިޝަންގެ ނަމުގައި ސިޔާސީ މަޝްވާރަތައް ކުރިޔަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއައި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް)ގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބުރާހިމް ޝުޖާ ހިމެނޭ ކޮމެޓީއަކީ ޗާގޯސް މައްސަލައާއި ގުޅިގެން އުފެދުނު ކޮމެޓީއެކެވެ. އެ ކޮމެޓީން އިދިކޮޅު ސިޔާސީ މީހުންނާއެކު ސިޔާސީ މަސައްކަތް ކުރަމުން ދަނީ ޕީޕީއެމް ސެނެޓުން އެއްވެސް ފެންވަރެއްގައި ނިންމުމެއް ނިންމާ ރުހުން ދީގެން ނޫން ކަމަށް ސެނެޓަރ ވިދާޅުވިއެވެ. 

ރައީސް ޔާމީނު ސޮއި ކުރައްވާ ލިޔުމަކުން ނާންގަވާހާ ހިނދަކު ރައީސް ޔާމީނު ނޫން ފަރާތަކަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓް ދިނުމަށާއި އެހެން އެއްވެސް ސިޔާސީ ބައެއްގެ ފަހަތަށް ޕީޕީއެމް އެރުމަށް ޕީޕީއެމްގެ މެޖޯރިޓީ ދެކޮޅު ކަމަށް މައުލޫމާތު ދެއްވި ސެނެޓަރ ވިދާޅުވިއެވެ.  

ޕީޕީއެމްގެ 3 މެމްބަރަކު ބުރާސްފަތި ދުވަހު ޖުމުހޫރީ މައިދާނުގައި ހިންގި ކަމަކީވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ މަޝްވަރާއެއް އަދި ސެނެޓްގެ ނިންމުމެއް ނެތި ނަޝީދުގެ އިރުޝާދަށް ޝިޔާމް އިސްވެ ހުންނަވާ ހިންގެވި ކަމެއް ކަމަށް ޕީޕީއެމްގެ ސެނެޓަރ ވިދާޅުވިއެވެ.

]]>
Sat, 22 Jul 2023 13:51:48 +0500 ހީރަސްނިއުސް
ނަޝީދު ނޫންމީހަކު ވެރިކަމާ އުޅެގެންނުވާނެ! https://heerasnews.com/1645 https://heerasnews.com/1645 އާނއެކެވެ. އެހާބޮޑަށް ކީއްކުރަން ހެއްޔެވެ. އެއްވެސް ވަރަކަށް ރާއްޖޭގެ ވެރިކަން ހޯދަން ނަޝީދު ނޫން މީހަކު އުޅޭކަށް ނުވާނެއެވެ. ނަޝީދު އެބުނަނީ ވަރަށް ބޮޑުތެދެކެވެ. ރާއްޖޭގެ ރައީސްކަން ކުރަންވާނީ ނަޝީދެވެ.

ބޮޑުވަޒީރުކަން ކުރަން ވާނީވެސް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ތާއަބަދަށް އޮންނަންވާނީ ނަޝީދަށެވެ. ރާއްޖޭގެ ވެރިކަން ހޯދުމަކީ ނަޝީދު ނޫން އެއްވެސް ބޭފުޅެއްގެ އަމާޒަކަށް ހަދައިގެން ނުވާނެއެވެ. އެނޫން މީހެއްގެ އަމާޒަކީ ވެރިކަން ހޯދުން ކަމަށްވާނަމަ އެއީ ކަންބޮޑުވުން ނަޝީދަށް އޮތް ކަމެކެވެ.

އެހެން ޕާޓީއަކުން ނުވަތަ އެހެން މީހަކު ވެރިކަން ހޯދަން ކުރާކަމެއްގައި ނަޝީދު ބައިވެރި ނުވާނެކަން ގިނަ ބަޔަކަށް ކުރިންވެސް އެނގެއެވެ. އެހެން ފަރާތަކަށް ވެރިކަން ހޯދާދިނުމުގައި ނަޝީދު ބައިވެރި ނުވާނެއެވެ. ނިސްބަތުން ނަޝީދުގެ ސަޕޯޓް ބޭސް އެންމެ ބޮޑު ރަށްކަމުގައިވާ ބ. ތުޅާދޫގައި އެ ވާހަކަ އެންމެ ފަހުން ސާފުކޮށް އެ ބުނީއެވެ.

ރައީސް ކަމުގައި ތިމާހުރި ޕާޓީއަށް ވެރިކަން ލިބި، އެންމެ ގާތް އެންމެ އެކުވެރި އެންމެ އިތުބާރުކުރެވޭ ރައްޓެހި މީހާ ރައީސްކަން ކުރުމަކީވެސް ނަޝީދަށް ހަޖަމުކުރެވުނު ކަމެއް ނޫނެވެ. ޕާޓީގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވެރިކަން ހިންގުމަށް ދަތިކުރީ އެހެންވެއެވެ. ރަހުމަތްތެރިކަމާ އާއިލީގުޅުންތައް ކަނޑާ އެތެރޭގައި ހުރެ ޕާޓީ ރޫޅާލާން ނަޝީދު މަސައްކަތްކުރީ އެހެން މީހަކު ވެރިކަން ކުރަން ނެދޭތީއެވެ. 
ރައީސް ސޯލިހާ ގުޅިގެން އަމިއްލަ ޕާޓީގެ ވެރިކަމެއް ކުރަން އެއްބާރުލުން ނުދިން ނަޝީދަށް ވެރިކަމަށް އަންނަން އުޅޭ އެހެން މީހަކަށް އެއްބާރުލުން ދޭވަރުގެ ހިތްވަރެއް ކެރުމެއް ނަޝީދުގެ ނުހުންނާނެއެވެ. އެެއްވެސް އެހެން މީހެެއްގެ އަމާޒަކީ، ބޭނުމަކީ ވެރިކަން ކަމަަށް ވެއްޖެނަމަ އެކަން ވާނީ ނަޝީދަށް ވަރަށް ބޮޑު ކަންބޮޑުވުމަކަށެވެ. 
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރިޔާސީ ޓިކެޓް ހޯދުމަށް ރައީސް ސާލިޙާއި ވާދަކޮށް ބޮޑު ތަފާތަކުން އިންތިހާބުން ބަލިވީމާ ނަޝީދަށް ޑިމޮކްރަސީ ހަޖަމެއް ނުކުރެވުނެވެ. ކާމިޔާބު ކުރެއްވި ސޯލިހުގެ ފަހަތްޕުޅަކަށް ނަޝީދަކަށް ނޭރުނެވެ. އެހެން މީހަކު ވެރިކަމަށް ގެނައުމަކަށް ނަޝިދަކަށް ކުޅަދާނަ ވެގެނެއް ނުވާނެއެވެ. އެކަމުގެ ކެތްތެރިކަމެއް ނަޝީދުގެ ނުހުންނާނެއެވެ. އޭނާ ދެކޭގޮތުގައި އެހެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނީ ނަޝީދަށް ވެރިކަން ލިބޭ ގޮތަށެވެ. އެހެން ބަޔަކު ނުވަތަ މީހަކު ވެރިކަން ހޯދުމަށްޓަކައި ކުރާ އެއްވެސް ކަމެއްގައި ނަޝީދު ބައިވެރިއެއް ނުވާނެއެވެ. ނަޝީދަށް ވެރިކަން ނުދޭ ކޯލިޝަނެއްގައި ނަޝީދެއް ނުހުންނާނެއެވެ.
]]>
Wed, 19 Jul 2023 11:52:43 +0500 ހީރަސްނިއުސް
އަންނި ކޮށިއަރުވާލި ޖަލްސާ https://heerasnews.com/1636 https://heerasnews.com/1636 # އަންނިއާއި އެކު ދަ ޑިމޮކްރެޓްސް އަށް - ޓެގްކޮށްގެން ބޭްއްވި ޖަލްސާ ވެގެން ދިޔައީ އަންނި ކޮށިއަރުވާލި ޖަލްސާއަކަށެވެ. މުކޮހަށް އަންނި ސޮއިކުރަން ހެދި ގޮނޑުދޮށުގައި ޖަލްސާ ބޭއްވީ މުޅި މާލެތެރޭގައި އަޑުގަދަކުރާއިން ގޮވާ އާދޭސް ކޮށްފައެވެ. ޖަލްސާގެ އެންމެ ފޯރިގަދަ ގަޑީގައިވެސް އެތާކު މާގިނަ ބަޔަކު ނެތެވެ. މުޅިއެކު އެތާހުރީ އެއްބަރިއަށްވުރެ އަނެއްބަރި ކުރުކޮށް ބަޅުކޮށް އޮތް ހަބަރި ގޮނޑިއެވެ. ޕްރައިމަރީގައި ބޭއްވިވަރުގެ ޖަލްސާއަކަށް ވެސް އެ ޖަލްސާ ނުވިއެވެ. 

# އަންނިއާއި އެކު ދަ ޑިމޮކްރެޓްސް އަށް - ޖަލްސާގައި ނަޝީދު ހީކުރި ވަރާ ގާތަށް ވެސް ނަޝީދާއެކު ދަ ޑިމޮކްރެޓްސް އަށް މީހަކު ސޮއެއް ނުކުރިއެވެ. އަރައިގެން ރުޅީގައި ވަރުބޭލީ އެމްޑީޕީއަށެވެ. ވަޒީފާގެ ބޭނުމުގައި ސަރުކާރުގެ މަގާމު ތަކުގައި ތިބި ނަޝީދުގެ އައުވާނުން މަގާމް ދޫކޮށް މުކޮހުންގެ ތެރެއަށް އައިސް ވަނުމަށް ނަޝީދު ގޮވާލީމާ ދެތިން ކެނަޔަކު އަޔަސް ރަނގަޅު ސިޔާސީ މީހަކު އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓި ނުގަންނާނެކަން ނަޝީދަކަށް ނޭނގުނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިނަށް އެމްޑީޕީގެ ފުލުވަކަކީ ނަޝީދޭ ހީވެ ކަންބޮޑުވެގެން ޓްވީޓެއް ކުރިޔަސް އެމްޑީޕީގެ ފުލުވަކަކީ ނަޝީދުކަމަށް ވެގެނެއް އެމްޑީޕީއަކުން ނޫޅެއެވެ. ގާސިމު ނެތިއްޔާ ޖުމްހޫރީ ޕާޓީ ވުޖޫދުގައި ނެތި ރޫޅިގެން ދާނެކަން ކަށަވަރުވާ ޖުމްހޫރީންނަށް ކަށިކެޔޮގަޑެއް ގޮތުގައި ޖުމްހޫރީ ޕާޓީ ސިފަވުމަކީ އެމްޑީޕީއަކީ ކަށިކެޔޮ ގަނޑެއްގޮތުގައި އަލީމެނަށް ސިފަވެދާނެ ކަމެކެވެ. ކައްޓަފުޅިއަށް ފެންނާނީ އޭތި އޮންނަވަޅުގެ އެތެރެ އެކަންޏެވެ. 

އަލީ ހުސައިނުގެ ޓްވީޓް ފެނި ފުލުވަކަށް ހެދި ގަނެގެން އެމްޑީޕީ ރޫޅާލަން ގޮވިޔަސް ނަޝީދަކަށް އެކަމެއް ނުވާނެއެވެ. އިރެއްގައި މުޅި ޕާޓީ އަންބޮނޑިއަށް ލައިގެން ކީހާލަވައަކަށް ނެށި ޒަމާން ފަސްދީ ހިނގައްޖެއެވެ. އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއެވެ. އެ ޕާޓީއަކީ ތަފާތު ހިޔާލަށް ޖާގައޮވެ ހިޔާލު ތަފާތު ވުމުން ހައްލު ހޯދައިގެން ކުރިއަށްދާން ދަންނަ ތަސައްރަފު ފުދިފައިވާ ޕާޓީއެކެވެ. ވަކި މީހަކު ބާރުވެރިކޮށް ވަކިމީހަކު ސައިޒްކުރާ ޕާޓީއެއް ނޫނެވެ. ކޮންމެ މީހަކަށްމެ އެންމެ މައްޗަށް އެރުމުގެ ދޮރު ހުޅުވިފައިވާ މިނިވަން ހިޔާލުގެ ޕާޓީއެކެވެ. ވަކި މީހަކަށްޓަކައި ހުއްޓި ތަޅުލެވިފައިވާ ޕާޓީއެއް ނޫނެވެ. 

އެމްޑީޕީގެ ދަފްތަރުގައި ނުޖައްސާ މެންބަރުންނަށް ހަދައިގެން ގެންގުޅުނު 39ހާސް މީހުން މަގުމަތިކޮށްލި ހަސަން ލަތީފު ބުނާ އިރަށް އަނެއް ބޮނޑިބޯން މީހަކު ހަސަނުމެންނަކާ ނުގުޅޭނެ ނޫން ހެއްޔެވެ. އެ ބުނާ 39 ހާސް މެންބަރުން އެމްޑީޕީން ވަކިވީ ހަސަން ލަތީފުމެން އެ މީހުންގެ ވާޖިބު އަދާނުކޮށް އޮވެގެންކަން އެ އެންމެން ދަނެއެވެ. 

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓަށް ތާއިދުކޮށް ވޯޓުދޭ އެންމެން ޕާޓީ ދޫކޮށް ވޯޓުދިން ކެންޑިޑޭޓް ޖަހާހާ ބެރަކަށް ނެށުމަކީ ޑިމޮކްރަސީގައި އޮންނަ ކަމެއް ނޫންކަން އެނގޭ ވަރަށް އެމްޑީޕީ މެންބަރުން ތިބީ ތަސައްރަފް ފުދިފައެވެ. ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ވޯޓު ދިނީކީ ނަޝީދުގެ އަޅުންނަށް ވެގެނެއް ނޫނެވެ. ނަޝީދު ޕްރައިމަރީގައި ފޭލިވުމުން ކާމިޔާބުކުރި ކެންޑިޑޭޓްގެ ފަހަތުގައި އެ އެންމެން އެ ތިބީ ނިކަން ގަދަކޮށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދެވަނަ ދައުރަކަށް ހޮވަން އެއްރޮއްޖަށް ފޫގަޅައިގެންނެވެ.   

]]>
Sat, 15 Jul 2023 14:13:48 +0500 ހީރަސްނިއުސް
ޕީޕީއެމުން އުޅެނީ ނުވިހާ ދަރިއެއްގެ ފޫޅުކަނޑަން https://heerasnews.com/1634 https://heerasnews.com/1634 ހެޔޮނުވާނެއެވެ. މީހުން ގުނބޯ ހައްދަން ވާނީ ވަކި ވަރަކަށެވެ. ޕީޕީއެމްގެ މައުސޫމް އާއްމު ރައްޔިތުންނަށް އެ ޕާޓީގެ ލީޑަރޝިޕުން ހުވަފެން ދައްކާ ދައްކާ އެ ފަކީރުން އަވަދިވާ ވަރު ވެއްޖެއެވެ. ޕީޕީއެމްގެ ލީޑަރޝިޕުން ކުރާ ކަމެއްގެ ފުލެއް ބިތެއް ނެތެވެ. ލީޑަރޝިޕްގެ އެކި މީހުން އުޅެނީ އެކިފާޑާށެވެ. ނަމުން ރައީސް ޔާމީނަށް ވެރިކަން ހޯދާދޭށެވެ. 

ފެން ހިފާ އެއްކަމެއް ނުކުރެއެވެ. މުޒާހަރާ ކުރާނަމުގައި ކޮންމެ ރެއަކު ދޮޅަހަކަށް މީހުން ނެރެގެން ދެއްކޭ ނުދެއްކޭ ނޭނގެއެވެ. އެކި ފަހަރު އެކި ނަމުގައި އިންޑިއާ އައުޓު ޖައްސަން އުޅެއުޅެ ވަޔަކު ނުހިފިއެވެ. ހަރާން ހުކުން ކަމަކަށް ނުވިއެވެ. ނުހެދިގެން އުޅުނު ޗަގޯސް ވެސް ހަދާ ނިމިއްޖެއެވެ. ކަނޑުވިއްކި ޕެޓިޝަން ދިޔައީ ތޮޅިއަށެވެ. ހަމަ ތެދެކެވެ. ސިޔާސީ ހަރަކާތުގައި ޕީޕީއެމެކޭ ހުންގާނުނެތް ދޯންޏެކޭ ތަފާތެއް ނެތެވެ. 

ޕީޕީއެމްގެ ލީޑަރޝިޕްގެ އެކި މީހުން އުޅެނީ އެކި ޓްރެކްގައެވެ. ޑރ. ޖަމީލު ބުނެފައި އޮތީ ޖަލު ނޯޓް ދެންނާނެ ކަމަށާއި ރައީސް ޔާމީނުގެ ވިދާޅުބަސްފުޅު އިއްވާނީ ޖަމީލު ކަމަށެވެ. މަޖިލީހުގެ ތެރެއިން އަންނި އިސްވެ ހުރެ އިދިކޮޅު ގަޑުކޮށް ޔާމީނު ނޫން މީހަކަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓްކަން ހޯދަ ދޭން ކުރާ މަސައްކަތުގައި ނައިފަރު ޝިޔާމާއި ތޯރިގުމެން ތިބީ ރަނގަޅަށް ބަނދެވިފައެވެ. މަޖިލީހުގައި އަންނި ކައްކާ ގޭހުގައި ޕާޓީގެ ރަސްމީ ނިންމުމެއް ނެތި އެމްއެންޕީން އުޝާމާއި ޖޭޕީން އަލީ ހުސައިން ޖެހިފައި ތިިބިހެން ނައިފަރު ޝިޔާމްމެން ޖެހި ރައީސް ޔާމީނުގެ ނަމުގައި ނޭނގި ތިބެ އަންނިއަށް އިދިކޮޅުގެ ބާރުތައް ދަނީ ޖަމާކޮށް ދެމުންނެވެ. 

ރައީސް ޔާމީނުގެ ނަމުގައި އަދުރޭ އިސްވެ ހުރެ މަގުކޮށާ ދެނީ ގާސިމަށް ރައީސްކަން ހޯދާ ދޭށެވެ. އެއްބަޔަކު ސިޔާސީ މީޓިންތައް އަންނިއާއެކު ހަދަމުން ދާއިރު އަދުރޭގެ މަސައްކަތަކީ ގާސިމް ކޮޅަށް ޕީޕީއެމްގެ ހުންގާނު އަނބުރާލުމެވެ. އަނެއްކޮޅުން މާލެސިޓީ ކައުންސިލްގެ ތެރެއިން ލިބެން އޮތް ހުރިހާ ބާރެއް ނަގައިގެން ޕީޕީއެމް މެޔަރ މުއިއްޒުގެ ކޮންޓްރޯލަށް ގެންނަސް ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނިކުންނަން މުއިއްޒު ހޭނުބަހައްޓާ މަސައްކަތް އެބަކުރެއެވެ. މުއިއްޒު ފަހަތުގައި އޮތީ ސަލަފް ޖަމިއްޔާއެވެ. ގައްސާނު މައުމޫނު ގެންގުޅެނީ މުޅިން އެހެން އެޖެންޑާއެކެވެ. 

ލީޑަރޝިޕްގެ އެކި މީހުން އެކި ޓްރެކްގައި ތިބެގެން އެ މީހުންގެ މަގަށް ތާއީދު ހޯދަން ދައްކަނީ ރައީސް ޔާމީނެވެ. އަޑަށް ބާރުލާފައި އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމަށް ބުނަމުން ޕީޕިއެމް ލީޑަރޝިޕްގެ ގިނަ މީހުން ތިބީ އެކި ސިޔާސީ މީހުންގެ އުނގުތެރެއަށް ވެއްޓިގަނެގެންނެވެ. ކޮންމެ މީހަކުވެސް ކުރާ މަސައްކަތަކީ އެ މީހަކު ތާއީދުކުރާ މީހެއްގެ ފަހަތަށް ޕީޕީއެމްެ ބޮޑު ބައެއް ކަހަލަ ދިނުމުގެ މަސައްކަތެވެ. 

ރައީސް ޔާމީނު މިނިވަންކޮށްގެން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހަދަދޭން މަސައްކަތްކުރާ މީހަކު ނޫޅެއެވެ. ޖަމީލު ބޭނުންވަނީ ޖަމީލަށް ޕީޕީއެމްގެ ޓިކެޓް ލިބޭށެވެ. މުއިއްޒު މަސައްކަތް ކުރަނީ މުއިއްޒަށް ޓިކެޓް ހޯދާށެވެ. އަދުރޭމެން އުޅެނީ ރައީސް ޔާމީނު ނޫން މީހަކު ނެތޭ ކިޔައިގެން މީހަކު ނުނެރި ފަހު ވަގުތު ގާސިމަށް ޕީޕީއެމް ވެދުން ކުރާށެވެ. ނައިފަރު ޝިޔާމްމެން ބޭނުންކޮށްގެން ޕީޕީއެމްގެ ބޮޑުބައެއް އަންނި ހޯދުމަކީ ވެސް ހިފިފާ ހުރި އަމާޒެކެވެ. 

ނަމުގައި ޕީޕީއެމް އުޅެނީ ރައީސް ޔާމީނަށް ވެރިކަން ހޯދަދޭށެވެ. އާއްމު މެންބަރުންގެ ލޮލުގައި އަނދުން އަޅުވައިގެން ރައީސް ޔާމީނުގެ ނަން ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތައް ފެށުމެކޭ ނުވިހާ ދަރިއެއްގެ ފޫޅުކަނޑަން އުޅުމެކޭ ތަފާތެއް ނެތްކަން ޕީޕީއެމް ލީޑަރޝިޕަށް ރަނގަޅަށް އެނގެއެވެ. އާއްމު މެންބަރުންނަށް އެކަން ރޭކާލާއިރު ޕީޕީއެމް އޮންނާނީ ގާސިމު ނޫނީ އަންނިގެ ޕަޕެޓެއްގެ ގޮތުގައެވެ.      

]]>
Sat, 15 Jul 2023 11:34:07 +0500 ހީރަސްނިއުސް
އަންނިއަށް: ތިޔަ ޖެހެވެނީ މަހާނަ މައްޗަށް މަޑިއަށް https://heerasnews.com/1633 https://heerasnews.com/1633 އެމްޑީޕީއަށް ނަޝީދު ބޭނުންހާ އެއްޗެއް ހެދޭނެ ނަމަ އެތެރޭގައި ހުރި އިރު ހެދުނީހެވެ. އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމުގައި ހުރެ މުޅި ޕާޓީ އަތަށް ފުށްދީފާ ދިޔައީ ފަހަކަށް އައިސް ބޭނުންވި ގޮތަށް އެއްކަމެއް ނުވެއެވެ. 

ފަހަކަށް އައިސް ނަޝީދު ބޭނުންވި ގޮތަށް އެމްޑީޕީގެ ތެރޭގައި ވީކަމަކީ ފުރަހަނި ޝުޢައިބު ކަނޑާލުމާއި ޝިފާ މާލޭ ދާއިރާގެ ރައީސް ކަމަށް ހޮވުމެވެ. ޝިފާ މާލޭ ދާއިރާގެ ރައީސް ކަމަށް ހޮވުނީ ވެސް ބޮމުގެ ހަމަލައިގެ ސިމްޕަތީންނެވެ.

އަމިއްލަ ހޮދުމުހުތާރުކަން ބޮޑުވެ ހިފިނުހުރުމުން ކުރިން އިތުބާރުކޮށްގެން އެކީއުޅުނު އެތައް ބަޔަކު ނަޝީދު ދޫކޮށްލިއެވެ. ނަޝީދު ގެ މުށުތެރެއިން އެމްޑީޕީ މިނިވަން ކުރުމުގެ ފުޅާ ރޫހެއް ފެށިގެން ފެތުރިގެން ދިޔައީ ފަތުއަޑު ކިޔާފައެވެ.

މެންބަރުން އެއްވާނަކަށް ކުރި މަސައްކަތާ ދިން ވޯޓުން ގައުމީ މަޖިލިސް މިނިވަން ކުރިއެވެ. ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއީލު ހޮވާ ހިންގާލަން ހަވާލުކުރި އެވެ.

އަމިއްލަ ބާރުވެރިކަން ހޯދަން ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކުރަން ކުރިހާ މަސައްކަތް ދިޔައީ ފަނުފުލުންނެވެ. ބޮޑުވަޒީރުކަން ކުރުމުގެ ހުވަފެން ބިލާހަކަށްވެ އިދިކޮޅަށް ވުރެ އިދިކޮޅު ވެގެން އުޅެއުޅެ ފޭބީ ހުޅުނބެވެ.

މަޖިލީހުގައި އެމްޑީޕީއަށް އޮތް ސްޕާރމެޖޯރިޓީން ހޯދާދިން މަޖިލީހުގެ ރައީސްކަން ނަހަމަ ގޮތުގައި ބޭނުންކުރީ ބާރުވެރިކަން ހޯދުމަށާ ސަރުކާރު ހިންގަން ދަތިކުރާށެވެ. ސަރުކާރުގެ މަގުބޫލުކަން ކަނޑުވަން އިދިކޮޅަށް މަދަދު ދޭށެވެ.

އެންމެ ފަހުން ހާމަކޮށްދޭން ނޭގޭ ފިކުރެއް ފޮރުވަމުން އަމިއްލައަށް ބަރަހަނާ ވަމުން ޖެހުނީ އެމްޑީޕީއަށް އަލްވަދާއު ކިޔާށެވެ. އެމްޑީޕީ ހޯދަން އުޅެ އުޅެ އެކަމެއް ނުވިއެވެ. ރޫޅަން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ. އެންމެފަހުން މަހާނަ މައްޗަށް މަޑިއަށް ޖެހެން ފެށީއެވެ.

]]>
Fri, 14 Jul 2023 20:07:50 +0500 Chief Editor
ދިޔާނާއަށް: ތިޔަ އިނީ ހަސަދައިން ފޯވެ ބުއްދި ފަސްވެފާ https://heerasnews.com/1626 https://heerasnews.com/1626 ޖާފާނުގައި ލޮލުން މާސްޓަރ ހެއްޖަކަސް ގައުމަކަށް ނަބިއްޔުން ފޮނުއްވަން ޖެހޭ ކަމެއް ނޭނގޭނެއެވެ. ތިމާ އެތަނަކަށް ނިސްބަތްވާ ގައުމު ފަސާދައިގެ ތެރެއަށް ވައްޓާލުމުގައި އެންމެ އިސްކޮށް އުޅުނު އެކަކު ނިކުމެ ނަބިއްޔަކު ފޮނުވަން ޖެހިއްޖެއޭ ބުނުމަކީ ޒިންމާއިން ބަރީއަ ވެވޭނެ ކަމެއް ނޫނެވެ. 

ބަލަ ދިޔާނާއެވެ. ޖަލު ހުކުމެއްގައި ހުރި މީހަކު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔައީ އަދިކިރިޔާ ހެއްޔެވެ. ކުރެވޭ ބޮޑެތި ތުހުމަތުތައް ސާބިތުނުވެ މީހަކު ވީއްލުނީ ފުރަތަމަ ފަހަރަށް ހެއްޔެވެ. މައްސަލައެއް ބަލާ ފަނޑިޔާރުން ޗުއްޓީ ނަގަނީ އަލަށް ހެއްޔެވެ.

މާތްކަލާނގެ ޒާތުފުޅަށް ހާއްސަ ވެގެންވާ ކަމެއް ވުމުގެ ވަގުތު ޖެހިފައިވާ ކަމަށް ބުނަން ދިޔާނާއަކީ ކާކުހެއްޔެވެ. ނަބީކަން ހަތިމް ވެފައިވާކަން އެނގި ހުރެ މަޒާޖީ ގޮތުން ވެސް ނުބުނެވޭނެ ވާހަކައެއް ބުނެ މަސްހޫރުކަން ހޯދަން އުޅުމުން ވެއްޓެނީ ތިމާގެ އަގެވެ. ފާޅުވަނީ ހިތުގައި ރޯވެ އަނދާ ނަފުރަތުގެ ހުޅެވެ. 

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދަން މުޑިނަގައިގެން އިންދާ އެކަން ނުވީމާ ކެކިއެރިޔަސް ހިރުވާ ތަން ކަހާލާ މީހަކު ނޫޅޭ ނޫން ހެއްޔެވެ. ސްޕްރީމް ފަނޑިޔާރަކަށް ނުވިކަން ނަސީބުތާއެވެ. ޒާތީ ތައައްސަބުން ފޯވެ ނަފްސް ކޮރަޕްޓްވެފައި އިން ވަރު އެބަ ފެނެއެވެ. 

ކުރީގެ ނައިބު ރައީސް އަދީބު ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ ކަމަށް ކަނޑައެޅީ ސަރުކާރަކުން ނޫނެވެ. ސިއްހީ މާހިރުންނެވެ. ސިއްހީ މާހިރުންގެ ލަފަޔާ ދެކޮޅަށް އަދީބަށް އެ ފުރުސަތު ނުދީގެން އަދީބުގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ ކަމުގެ ޒިންމާ އުފުލާނީ ދިޔާނާ ހެއްޔެވެ. 

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ވާހަކަ ދެއްކި އަންހެނުންތައް ހެކިބަސް ނުދީ ބޮނދީމާ އަލީ ވަހީދު ކުށްވެރި ވޭހެއްޔެވެ. ފެމިނިސްޓް ވިސްނުމުގައި ފިރިހެނުންނާ ޖެހިގަނެގެން އުޅޭ ދިޔާނާމެން ކަހަލަ މީހުން ދެކޭހާ ގޮތަކަށް މީހުން ކުށްވެރިކޮށް އަދަބު ދެވޭނީ ފަނޑިޔާރު ކަމުގެ ގޮނޑީގައި ދިޔާނާ އިނދެގެންނެވެ. ހީއާއި ލަފައަކީ ކަންކަން ސާބިތުވާ ކަމެއް ނޫންކަން އެންމެ ރަނގަޅަށް އެގެން ވާނީ ވެސް ދިޔާނާއަށެވެ.

ރައީސް ޔާމީނު ނޫނަސް އިސްތިއުނާފަށް މައްސަލަ ލައިގެން އުޅޭ މީހުން ބައިވަރެވެ. ރައީސް ޔާމީނުގެ މައްސަލައެއް އިސްތިއުނާފުގައި އޮތުމަކީ ފަނޑިޔާރުން ހައްގުވާ ޗުއްޓީ ނުނަގާ ރޭނިދި ނުނިދާ ކުރަން އޮތް ކަމެއް ނޫނެވެ. ދިޔާނާ ކޯޓުގެ ބެންޗެއްގައި އިނދެވޭ ދުވަހަކުން އެހެން ކަން ކުރަން މަޑުކޮށްލާށެވެ. 

އަދީބު ފުރުމާއި އަލީ ވަހީދުގެ އެނބުރި އައުމާއި ޔާމީނު މައްސަލަ ބަލާ ފަނޑިޔާރަކު ޗުއްޓީއަށް ދިޔުމުން ނަބިއްޔުން ފޮނުވަން ޖެހިއްޖެ ކަމަށް ދިޔާނާއަށް ގަބޫލު ކުރެވުނީމާ ދިޔާނާގެ ޖާހިލުކަމާއި ހަސަދައާއި ފިތުނައިން ބުއްދި ފަސްވެފާ އިންވަރު ފާޅުވެއެވެ. 

]]>
Wed, 12 Jul 2023 13:23:23 +0500 ހީރަސްނިއުސް
ނަޝީދަށް: އިތުބާރުކޮށް ބާރުދިނީމާ ނިކުތީ ސަރުކާރު ވައްޓަން https://heerasnews.com/1619 https://heerasnews.com/1619 ނަޝީދެއް ކަމަކު ފެން ނެތް ބޮޑެތި ކާށި ބިންނަށް ނުހަދާށެވެ. އަތްގުޅި ނުކާވަރުގެ ބޮޑެތި ވާހަކަ ކުރިންވެސް ދެއްކީމު ނޫންހެއްޔެވެ. ވެރިކަން ކުރަން ލިބުނީމާ ބޮލު ރޮދި ކެނޑިފައޮތް ތެލަގައެއްހެން ޖެހުނީ ގުޅައަކަށް ބިމަށެވެ. ވެރިކަމުގައި ހުރެ ނިޒާމު ހަމަޔަކަށް އަޅުވަން ކުރިކަމެއް ނެތެވެ.

ގާނޫނު އަސާސީގެ އިންތިގާލީ މަރުހަލަގައި އުޅުނީ ރާއްޖޭގައި ތިބިއްޔަ ތިބި ފަނޑިޔާރެއް ކަނޑުފައްތާށެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ސްޕްރީމް ކޯޓުގައި ތަޅު އެޅުވީއެވެ. ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ފަނޑިޔާރަކު ނެގީ ވަގަށެވެ. 

ތިމާ ވެއްޓެ އޭ ގޮވަމުން ވައިފުޅީގައި ކެބިނެޓް ގޮވައިގެން ދިޔައީ އަޑިއަށެވެ. ނައިބު ރައީސް ވަކިކުރަން ޖެހިމަޅި އަތުގައި ބެދި މުޅި ކެބިނެޓް އެކުގައި އިސްތިއުފާ ދޭން މަޖުބޫރު ކުރުވާ އިސްތިއުފާ ހޯދީއެވެ. އެންމެ ފަހުން ކެތްނުވެގެން ދަތުރު މެދުން ކަޑަށް ފުންމަލާ ގައުމާ ޕާޓީ އޮޔާލާފައި ނިކުމެ ރާއްޖޭގެ ކަންކޮޅުގައި ހުޅުޖެހީއެވެ. 

ބަރުލަމާނީ ހުވަފެނުގައި ވަޖިދުވަނީ އެނޫން ގޮތަކަށް ސަރުކާރު ހިންގަން ލިބޭނެ ކުޑަވެސް އުންމީދެއް ނެތިގެންނެވެ. ނިޒާމު ބަދަލުކޮށްގެން ރައްޔިތުންނަށް މޮޅެއް ހޯދާދޭކަށް ނޫންކަން ނޭނގެނީ ކާކަށް ހެއްޔެވެ. ބަރުލަމާނީއަކަށް ވެރިކަން ބަދަލު ކުރިޔަސް ބޮޑު ވަޒީރު ކަމުގެ ހުވަފެން ބަލާނެ ކަމެއްނެތެވެ. ނަޝީދުގެ ތަރި މިގައުމުގާ އޮއްސިއްޖެއެވެ.

ރަނގަޅު މީހަކު ނުފެނުނޭ ބަދަލު ކުރަންވީ ނިޒާމޭ ކިޔައިގެން ރައްޔިތުން ޅޮސް އުނދޯއްޔަށް އަރުވަން ނޫޅޭށެވެ. މައުމޫނު ވެރިކަމުގައިވެސް ނިޒާމް ބަދަލު ކުރަން އުޅުނީ ރައްޔިތުންގެ ވޯޓުން ވެރިކަން ހޯދޭނެ ކަމަށް ގަބޫލު ނުކުރެވުނު ވެރިކަމާއިގެން ބޫތު ކައިފާ ތިބި ދެމީހުންނެވެ. ނަޝީދާއި ޔާމީނެވެ. ދެ މީހުނަށްމެ ވެރިކަމަށް އާދެވުނީމާ އެކަކުވެސް ނިޒާމު ބަދަލުކުރާކަށް ނޫޅުނެވެ. އެހެން ކަމުން މައްސަލައަކީ ނިޒާމު ނޫންކަން ވަރަށް ސާފެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދު ލިމިޓް ކުރުމަށް ނިޒާމް ބަދަލު ކުރާކަށް ނުޖެހެއެވެ. ނަޝީދު އިސްވެ ހުރި ޕާޓީއަށް ރައްޔިތުން މަޖިލީހުގެ ސްޕަރމެޖޯރިޓީ ދިނީމާ މަޖިލީހުގެ ރައީސް ކަމުގައި އިދެގެން ގާނޫނީ އޮނިގަނޑު ރަގަނޅު ކުރަން އުޅުމުގެ ބަދަލުގައި ދިމާކުރީ އަމިއްލަ ޕާޓީ އިސްވެއޮތް ސަރުކާރު ފުޑާލާށެވެ. ގާނޫނު އަސާސީ ރިވެތި ގޮތުގައި އިސްލާހުކޮށް ގައުމު ހަމަ މަގަށް އަޅުވަން ލިބުނު ފަހި ފުރުސަތު ގެއްލުވާލީ ސީދާ ނަޝީދެވެ. ވެރިކަން ނޫން ކަމެއް ބޭނުން ނުވުމުގެ ސަބަބުންނެވެ. ނަޝީދުގެ އިހުލާސްތެރި ނިޔަތް ނެތުމުންނެވެ.

މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ މެންބަރު ބަދަލު ކުރަން ރައްޔިތުން ބޭނުން ވުމުން ބަދަލު ކުރެވޭ ގޮތަށް ރިކޯލް ވޯޓް އުސޫލު ތައާރަފްނުކޮށް މި ހުރިހާ ދުވަހު ހުރީ ކޮންއެއްޗެއް ބޮވިގެން ހެއްޔެވެ. އަންހެނުންނަށް މަޖިލީހުން ގޮނޑިތަކެއް ހާއްސަ ކުރަން ނޫޅެ ހުރީ ގަމާރު ކަމުން ހެއްޔެވެ. އަނެއް ކޮޅުން ހާއްސައެހީއަށް ބޭނުންްވާ ފަރާތްތަކަށް މަޖިލީހުން ގޮނޑި ހާއްސަ ކުރަން ނިޒާމު ބަދަލުކުރަން ޖެހޭ ހެއްޔެވެ. ނުޖެހެއެވެ.

މުޅި ރާއްޖެ ކަންބޮޑުވާ ކަންތައްތަކާ މަޖިލީހުގައި ބަހުސްނުކޮށް އަމިއްލަ އެޖެންޑާ ކުރިއަށް ނެރެގެން މަޖިލީހުގައި މަރުތަޅު އަޅުވައިގެން އުޅެނީ ދައިރާތަކުގެ ތަރައްގީއަށް މެންބަރުން މަސައްކަތް ކުރާތީ ހެއްޔެވެ. މަޖިލީހުގެ ރައީސް ކަމުގައި ފަސް އަހަރުގެ ދައުރެއް ނިމެންދާއިރު އަމިއްލަ ާރުވެރިކަން ހޯދުމާ ލަދީނީ އެޖެންޑާތައް ހިންގުމާއި ސަރުކަރު ހިންގަން ހުރަސް އެޅުން ނޫން ކަމެއް ނަޝީދު ނުކުރެއެވެ.

ނަޝީދުގެ އަބަދުގެ ކަމަކީ ތިމާ ބޭނުންވާ ގޮތް ނޫން ގޮތަށް ވިސްނާ މީހާގެ އިއްޒަތުއްނަފްސް ކަތިލާ ފައިސާގެ ނުފޫޒުގައި އެ މީހަކު ޖެހިފާ ހުރިކަމަށް ދެއްކުމެވެ. ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލުމެވެ. ނަޝީދުގެ ހަމާގައި ރިޝްވަތު ނުނަގާ ފަނޑިޔާރެއްނެތެވެ. ނަޝީދަށް ބައިއަތު ނުހިފާ ކޮންމެ މަޖިލިސް މެންބަރަކީ ފައިސާގެ އަޅުންނެވެ. ނަޝީދަށް ބައިއަތު ހިފައިފިނަމަ ޝައިތާނާއަކީވެސް ސާފު ބޯކިރު ފޮދެކެވެ.

މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ މެންބަރު ބަދަލު ކުރަން ރައްޔިތުން ބޭނުން ވުމުން ބަދަލު ކުރެވޭ ގޮތަށް ރިކޯލް ވޯޓް އުސޫލު ތައާރަފްނުކޮށް މި ހުރިހާ ދުވަހު ހުރީ ކޮންއެއްޗެއް ބޮވިގެން ހެއްޔެވެ. އަންހެނުންނަށް މަޖިލީހުން ގޮނޑިތަކެއް ހާއްސަ ކުރަން ނޫޅެ ހުރީ ގަމާރު ކަމުން ހެއްޔެވެ. ހާއްސައެހީއަށް ބޭނުންްވާ ފަރާތްތަކަށް މަޖިލީހުން ގޮނޑި ހާއްސަ ކުރަން ނިޒާމު ބަދަލުކުރަން ޖެހޭ ހެއްޔެވެ. ނުޖެހެއެވެ. މުޅި ރާއްޖެ ކަންބޮޑުވާ ކަންތައްތަކާ މަޖިލީހުގައި ބަހުސްނުކޮށް އަމިއްލަ އެޖެންޑާ ކުރިއަށް ނެރެގެން މަޖިލީހުގައި މަރުތަޅު އަޅުވައިގެން އުޅެނީ ދައިރާތަކުގެ ތަރައްގީއަށް މެންބަރުން މަސައްކަތް ކުރާތީ ހެއްޔެވެ.

]]>
Tue, 11 Jul 2023 02:56:18 +0500 ހީރަސްނިއުސް
ހަސަންކޮއާއިއެކު ރެޓުން ހޯދި އަނެއްގޮތް https://heerasnews.com/1598 https://heerasnews.com/1598
މަގުން ކައްސާލީ އެމްޑީޕީއެއް ނޫނެވެ. މަގުން ކައްސާލީ ކެނެރީގޭ ނަޝީދާއި އޭނާގެ ރެޓުންނެވެ. ޕައިޑްޕައިޕަރ ހެދިގެން ފުމޭ ދުންމާރިއަށް ދާނީ ރެޓުންނެވެ. ރެޓުންނަކީ އެމީހުންގެ ގޮތް ނޫނީ ގޮތަކަށް ނުވާ މީހުންނެވެ. އިސްލާހަށް މަސައްކަތް ކުރި އެތައް ބައެއްގެ އުންމީދުތަކާއި ގަބޫލް ކުރުންތަކާއި ފަލްސަފާ އާއި ބޭނުންވި އުސޫލްތަކާއި ހަމަތައް ނަގަހައްޓަން އުފެއްދި އެމްޑީޕީ 17 އަހަރު ހިސޯރުކޮށްގެން އުޅުނީ ރެޓުންނެވެ. ރެޓުންގެ މުށުތެރެއިން އެމްޑީޕީ މިނިވަންވެ މެންބަރުންގެ ބާރު ހިނގާ ޕާޓީއަކަށް އެމްޑީޕީ ވުމުން ރެޓުންނަށް ޖެހުނީ އެހެން ގޮތެއް ހޯދާށެވެ.

ރާއްޖެއިން ފުހެލަން މަސައްކަތް ކުރަމުން ދިޔަ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ވާހަކަ ދައްކަމުން ރެޓުންގެ މުއައްސިސު ހަސަން ލަތީފް ލޭބަރ މިނިސްޓަރު ކަމުގައި ހުރެ އެތައް މިލިޔަނަކުން ދިވެހި ދައުލަތަށް ހިޔާނަތްތެރިވީއެވެ. މޭޑޭ މުޒާހަރާ އިންތިޒާމު ކުރުމުގެ ނަމުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ލައްކަލައްކައިން ފައިސާކަށްވަލީ އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގެ ނަން ބޭނުންކޮށްގެންނެވެ. ފްލޯޓިންގ ސިޓީ ޕްރޮޖެކްޓުން ބައި އަޅައިގެން ހަސަން ލަތީފް ހޯދި ފައިސާ ގަނޑުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ތަންތަނަށް ނިކުމެ އަނގަ ޗޭކުރަން ހަސަން ލަތީފް ލަދު ނުގަންނަކަމެވެ. 

އެމްޑީޕީގެ ދަފްތަރުން 3900 އަށްވުރެ ގިނަ މީހުން ވަކިކުރިއްޔޭ ކިޔައިގެން އަނގަ ނުހުޅުވާށެވެ. ޗެއަރޕަރސަން ކަމުގައި ހުރެ މެންބަރޝިޕް ފޯމްތައް އިލެކްޝަނަށް ނުފޮނުވާ މެންބަރުންގެ ދަފްތަރު ސައްހަނުކޮށް ކޮންމެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ހަމައެއް ލަމައެއް ނެތި އިންތިހާބުތައް އޮޅާލަމުން ގެންދިޔައީ ހަސަން ލަތީފެވެ. ރެޓުންގެ ބާރު ކެނޑި އާއްމު މެންބަރުންގެ ބާރު އެމްޑީޕީގައި ހިނގަން ފެށީމާ ދެން ނިކުމެ ދުފާއެއްޗިއްސޭ ނުކިޔާށެވެ. 

ޕައިޑްޕައިޕަރއާއި ރެޓުންނަކީ ކޮންބައެއްކަން ރައްޔިތުން ދަސްކޮށްފިއެވެ. ރާއްޖޭގައި ބިރަކާ ނުލާ މަޖާކުރަން ނަގޫނަގައިގެން ވިއްސާރަދުނި ޖަހަން އުޅުނަސް އެކަން ކުރާކަށް ރައްޔިތުން ތިބީ ޖާގަ ދީގެނެއްނޫނެވެ. ދެބެންގެ އޮނުފުމުގައި ޖެހިގެން ލަކިޖެހިޖެހި ތިބޭނީ ރެޓުންނެވެ. 

މަޝްވަރާ ކުރުމާއި ކަންކަމުގައި ދެފުށްފެންނަ ގޮތަށް އެއްކަމެއްވެސް 17 އަހަރު ވަންދެން ނުކޮށް ނަޝީދުގެ އަނގައިން ނިކުންނަ ކޮންމެ ބަހަކީ އެމްޑީޕީގެ އުސޫލަށް ހަދައިގެން އުޅުނުގޮތް އެންމެނަށްމެ ފެނުނެވެ. ރެޓުންގެ ޑިމޮކްރެޓިކް އެއްވެސް ވެލިއުސް ނުހުންނަކަން ނުދަންނަ ދިވެއްސަކު ނޫޅެއެވެ. ހޮދު މުހުތާރުކަމާ އާދެ މަސާހިބުކަން ނޫންކަމެއް ރެޓުންގައިން ފާޅުވެފައެއް ނެތެވެ. 

ހަސަނާ ދެލޯފުޅާއެވެ. ދަ ޑިމޮކްރެޓްސް ހިންގާނީ އެންމެންގެ ބައިވެރިވުމާއި ކަންކަން ނިންމުމުގާ މަޝްވަރާކޮށްގެން ކަމަށް އަނގަފުރާ ބުނެވިދާނެއެވެ. ތިޔައިގެ ތެރެއަކު ހުދުމުހުތާރު ކަމާއި މަވެތިކަން ނޫން ދެވަނަ ކަމެއް ނުއޮންނާނެއެވެ. ރެޓުން ނިންމާ ކަންކަމުގެ ދެފުށް ފެންނާނީ ނިކަން ރަނގަޅަށް ކާލި އަޅާލަ އަޅާލަ ހުންނަ  މީހަކަށް އެކަންޏެވެ. 

ރެޓުންގެ މަސައްކަތަކީ ކެނެރީގޭ ނަޝީދު ނޫން މީހަކަށް ވެރިކަން ލިބުނަ ނުދިނުމެވެ. ރެޓުންގެ އަސާސަކީ ކެނެރީގޭ ނަޝީދެވެ. ރެޓުންގެ އުސޫލަކީ ނަޝީދުގެ މަވެތި ހުދު މުހުތާރުކަމެވެ.  އެންމެނަށް ތަންމިނަށް އަތް ހުޅުވާލައިގެން ހަސަން ލަތީފް އޮތަސް މައުމޫނަށް ވީވަރުވެސް ވެދާނެއެކޭ ހަމަ ހީއެއް ނުވެއެވެ.

]]>
Thu, 06 Jul 2023 13:18:03 +0500 ހީރަސްނިއުސް
އަމީނަށް: ފެމުނު މިޔަރަކާ ގައުމު ހަވާލުކުރާކަށް މީހަކުނޫޅެ! https://heerasnews.com/1595 https://heerasnews.com/1595 ތަންކޮޅެއް ބާރަށް މީހަކު ކިނބިއްސެއް އެޅިޔަސް ހަތަރެސް ފަޔަށް އަންގިލައްވައިގެން ބޮނދާނެއެވެ. ވައިރޯޅި ބާރުވެ ގުގުރާ ވިދަންފެށިޔަސް މުއައްޒަފުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާނެއެވެ. އިރުވާ ހަޅަޖަހަން ފެށުމުން މުސާރަތައް ކުޑަކޮށްލާނެއެވެ. ހިކިފަސް ތަނެއް އޮތިއްޔާ އެ ތަނެއްގައި ބަނޑަހަ ޖަހާނެއެވެ. ގައުމުގާ އޮތް އެއްޗެއް ވިއްޔާ އަމިއްލަ މިލްކަށް ހަދާ ތިމާގެ ތުބުން ވެއްޓޭ ބަތްފުކެއް ނޫނީ އެހެން މީހަކު ކައިގެން ނުވާނެއެވެ. އާނއެކެވެ. ބޮޑު ގޮހޮޑާ ނޫނީ ރާއްޖޭގެ ވެރިކަން ކުރަން ކަމަކު ނުދާނެއެވެ. 

ބޭސްކޮށް ދިނުމުގެ ނަމުގައި ޓްރިވެންޑްރަމުގައި ބަޑަހަޖަހައިގެން މައުމޫނު ވެރިކަމުގައި ބޭސް ކުރަން ބޭރަށް ދިޔަހާ މީހަކަށްދިން 200 ޑޮލަރު ދަމައިގަނެގެން ވެސް ކުރީ އަމިއްލަ ވިޔާފާރިއެވެ. ކޮވިޑްގައި ފިލާ އޮވެ އަމިއްލަ ރިސޯޓުތައް ފެސިލިޓީ ތަކަށް ހަދައިގެން ދައުލަތަށް ލިބުނުހާ އެހީގެ ފައިސާއެއް ކަޅާކުރިއެވެ. ކޮވިޑް ރިކަވަރީގެ ނަމުގައިވެސް ދަމާ ވީދީއެވެ. 

ހުރިހާ ސަރުކާރެއްގެ ތެރޭގައި އެޖެންޓުން ބައިތިއްބައިގެން މަކަރާ ހީލަތުން ކޯޓުތައް މެދުވެރިކޮށް ގެއްލުމުގެ ބަދަލުގެ ނަމުގައި ބިލިއަނުން ދައުލަތް ދަވާލަނީއެވެ. މާލޭގެ ބިމުން ބިންތައް ހިސޯރުކޮށް އެކަށީގެންވާ އެއްޗެއް ދައުލަތަށް ނުދީ ހުރެ ކުރަނީ ވިޔަފާރިއެވެ. ކަންމަތީ ފިހާރަ ހިންގުން ފަދަ އާއްމު ކުދިކުދި ވިޔަފާރީގެ ތެރެއަށް ވަދެ ދެރަވަރު މީހާއަށް ވިޔާފަރި ނުކުރެވޭ ވަރު ކުރަނީއެވެ. މަތިންދާ ބޯޓު ދުއްވުމުން ފެށިގެން ކިއްލި ވިއްކުމާ ހަމަޔަށް ބައްކުރުމުގައި ހޭބޯ ނާރައެވެ. 

ރިޕަބްލިކް އޮފް މޯލްޑިވްސް ވިލާ ޕްރައިވެޓް ލިމިޓެޑް އަށް ހެދުމަށް ރައްޔިތުން ތިބީ ކެތް މަދުވެފައި ވިއްޔާއެވެ. އެހެން ވީމާ ރ. އަތޮޅާއި ބ. އަތޮޅުގެ ރައްޔިތުން ގާސިމު ވެރިކަމަށް ނުގެނެވިގެން ތެޅެ ފޮޅޭނެ ތާއެވެ. ވިލާ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް މުސާރަ ނުދީ ކަނޑާ ފޮނުވާލިކަން އެ މީހުނާއި އެ އާއިލަތައް ހަދާން އެބަހުއްޓެވެ. ކޮވިޑްގެ ދަތި ހާލަތުގައި މުއައްޒަފުން މަގުމަތި ކޮށްލުމުން ކުރި އަސަރާ އުފުލި ތަކުލީފާ ވޭން އެ މީހުން ހަދާން އެބަހުއްޓެވެ. ކަނޑާނުލާ ތިބި މަދު މުއައްޒަފުންނަށް 1000 ރުފިޔާގެ މުސާރަ ދީގެން ތެޅުވި ހިތްދަތި ހަނދާން ފިލާ ނުދެއެވެ. 

ހޯލި މުގުރަން އިގިރޭސި ވިލާތުގައި ބަހައްޓާފައި ހުރި މީހަކަށް ފަހަރުގައި އެކަން އިހުސާސް ނުވެދާނެއެވެ. ގިނަ ބަޔަކަށް ރަށުގައި އާއިލާއާއިއެކު ތިބެގެން މުސާރަ ލިބި އުފަލުގައި އުޅެވޭ ގޮތް ވެފައިވާތީ މޭކަރާނެ ކަމެއް ނެތެވެ. ކޮވިޑް ފަދަ އާލަމީ ވަބާ ތަކުގައި މުއައްޒަފުން ކަނޑާ އުކާ މަގުމަތި ކުރާ މީހަކަށް ރައްޔިތުންގެ އިތުބާރެއް ނެތެވެ. ކޮވިޑްގައި ހަމަ މުސާރައާއި އެކު ގޭގައި ބައިތިއްބައިގެން ގައުމު ހަމަ މަގަށް އެޅުވި ރައީސް ބާލާފައި ފެމުނު މިޔަރަކާ ގައުމު ހަވާލު ކުރާކަށް ރައްޔިތުން ނޫޅެއެވެ.   

]]>
Wed, 05 Jul 2023 14:34:09 +0500 ހީރަސްނިއުސް
ގާސިމަށް: އަނބިމީހާ ވެސް ގެއަކަށް ކަނޑައެއް ނުލާނެ! https://heerasnews.com/1561 https://heerasnews.com/1561 މީހަކު ނިކަން ރަނގަޅަށް ވާވަދެއްޖެއެވެ. ވާ ވަނތް ވަނީނުން ވަލުން ނިކުންނަން ނޭގި ވާވެއްދި ފަޅުގައި ވައުއޮޅި ރަނގަޅަށް ގައިދު ވެއްޖެއެވެ. ދައުލަތަކީ ވިލާ ގްރޫޕްގެ ވިޔާފާރި މުދާ ގަނޑަކަށް ހައިދައިގެން ނެތް މޮޅު ހޯދަން ގޯސް ހަދަމުން ހަދަމުން ގޮސް މުޅިން މަރު ގޯސްވެ ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ވަރަށް ގާސިމު ގަޅި ޖެހިއްޖެއެވެ. 

ރަންކޮޅާ ގާސިމާއެވެ. އިރެއްގައި ކިންގމޭކަރ ހެދިގެން ފަނޑިޔާރުގެއަށް ތޮރުފި އުނދުޅި ހެދިގެން ވަދެވުނަސް އެ ދުވަސް މާޒީ ވެއްޖެއެވެ. ކޮންމެ ވެރިއެއްގެ ބޮލުގައި ތެތްގޯނި އަޅުވައިގެން ގާސިމު ދައުލަތް ވީދާ ކާން ދީގެން އުޅުނު ޒަމާން މަޒީވެއްޖެއެވެ. ދެ ލޯ ވަށްކޮށް އަޑަށް ބާރުލާފައި މޮޔަފުޅުވީހޭ ބުނާއިރަށް ހަތިޔާރު ބަހައްޓާ އަމާންދީ ރުއްސަން ބޮލިރަވަ ހަލުވާން އަބަދު އެންމެން ތިބޭނެ ކަމަށް ހީވަނީ ހެއްޔެވެ. 

ކަކުނި ފިއްޔަށް ކޮރަކަލި ބަކަ އަޅާހެން އެންމެންނަކު އަބަދަކު ބަކަ އަޅާކަށް ނުތިބޭނެއެވެ. ދޮޅިކެނޑިގެން ބިމަށް ވެއްޓޭ ތާވަޅަ ތުނބުލައިގެން ދާނޭ ކަޅުކާޅެއް ވެސް މިހާރަކު ނެތެވެ. ކަފުޖެހި ސަފު ހަދައިގެން ތުބުން ވެއްޓޭ ބަތް ފުކަށް ބަލަހައްޓައިގެން މުގޯލި އެޅި އެންމެން ތިބާ ދޫކޮށް ހިނގައްޖެއެވެ. 

އުމުރު ހުސް ވަންދެން މުދާ ބައްކުރިޔަސް ޝެހެންޝާހަކަށް ނުވެވުނު ނޫން ހެއްޔެވެ. އެކީ ލާހިފާ އެކަކު ނެތެވެ. އިސްވެ އޮވެ ހަދަން އުޅޭ ކޯލިޝަން ވެސް ހަދާނެ މީހަކު ނުވިނޫން ހެއްޔެވެ. ނަޝީދެއް އަދީބެއް ވެސް ތިޔަ އަޅަން އުޅޭ ބޯކިބާ އަޅާކަށް ގާތެއް ނުވި ނޫން ހެއްޔެވެ. ސިޔާސީ ގޮތުން ނާޅާ އެއްވެސް ޅައެއްޗެއް ނެތެވެ. ނުހަދާ ގޯހެއް ނެތެވެ. އެންމެ ފަހުން އަސްލު ސޫރަ ރައްޔިތުންނަށް ތިޔަ ދައްކާލީއެވެ.

ދައުލަތުގެ މިލްކިއްޔާތަކީ އަމިއްލަ ޖީބު ބޮޑުކުރަން ބޭނުން ކުރާ އެއްޗެއްކަން އެންމެނަށް ތިޔަ ހާމަ ކޮށްލީއެވެ. އަދުލުވެރި ބަދަލުގެ ނަމުގައިވެސް ދައުލަތް ލޫޓުވާލީކަން އަމިއްލައަށް ހާމަ ކޮށް ދިނީއެވެ. ވެރިކަމަށް އަންނަން ވެސް ތިޔަ އުޅެނީ މުޅި ދައުލަތްކަޅާ ކޮށްލަންކަން ސާބިތުކޮށް ދެނީއެވެ. ހަމަ ތެދެކެވެ. ތިޔަ އޮވެވުނީ ވާވެއްދިފަޅަށް ވަދެ ނިކުންނާން ނޭގިފައެވެ. ލައްކަ ދުވަހު ދައުލަތުގެ މުދަލާ ސަކަރާތް ޖަހާފީމު ނޫން ހެއްޔެވެ. ލައްކަ ލައްކައިން ރައްޔިތުންނަށް ކެހިދީފީމު ނޫން ހެއްޔެވެ. ދެން އެކަމެއް ނުވާނެއެވެ. 

ދައުލަތުގެ މުދަލަކީ ގާސިމް ހިތުހުރި ގޮތެއް ހަދަން އޮތް އެއްޗެއް ނޫނެވެ. ކޮރަޕްޝަނާ ފަސާދައިގެ ތެރެއިން ގާސިމް ހިތުހުރި އެއްޗެއް އަބަދަކު ނުހެދޭނެއެވެ. އެކަން މިހާރު ތިޔަ ފެންނަން ފެށީއެވެ. ކެބިނެޓްގައި ތިމާގެ އަނބިމީހާ ހިމެނޭ ސަރުކާރަކަށް ވަށިވަށިން ދޭކަށް ލަދެއް ހަޔާތެއްވެސް ނެތް ކަހަލައެވެ. މި ސަރުކާރުން ޅައެއްޗެއް އެޅިއްޔާ އެ ޅައެއް އެޅުމުގެ އެންމެ ބޮޑު ބައިވެރިޔަކީ ގާސިމެވެ. އެކަން އިހުސާސް ނުވަނީ އަނބިމީހާގެ ޖަޒްބާތަށް ވުރެ ވާވެއްދިފަޅުގެ ޖަޒްބާތު މާ ބޮޑީތާއެވެ.

ހީކުރާ ގޮތް ހެއްޔެވެ. ގާސިމް ފުއްޕާލީމާ ބިރުން ތުރުތުރު އަޅައިގެން އިރެއްގައި ބަޔަކު އުޅުނަސް މިހާރަކު ސިހޭ މީހަކުނެތެވެ. ހޮދު އަނބިމީހާވެސް ސިއްސައިގެން ގޮސް މިހާރަކު ގެއަކަށް ކަނޑައެއް ނުލާނެއެވެ.

]]>
Sat, 24 Jun 2023 22:38:29 +0500 ހީރަސްނިއުސް
ނިޒާމު ނުގެނެވެނީސް ބަރުލަމާނީ ކެހި ބޮޑުވަޒީރަށް https://heerasnews.com/1543 https://heerasnews.com/1543 ބަރުލަމާނީ ނިޒާމު ނުގެނެވިގެން މީހަކު ވެއްޓިފުރޮޅި ގަންނާނެއްބާ ގޮވާއަޑު މިދޭތެރެއަކުން ވަރަށް ގަދަވިއެވެ. ބަރުލަމާނީ ނިޒާމު ނުގެނެސް ދިރި ތިބެން ދަތިވާ ހިސާބަށް ދިޔައެވެ. ބޮޑު ވަޒީރުގެ ހުވަފެން ބަލަބަލާ ހުރެފައި ކުއްލިޔަކަށް ފެނުނީ ރިޔާސީ ޕްރައިމަރީއަށް ނިކުތް ތަނެވެ. ޕްރައިމަރީން ފޭލިވުމުން ބޮޑާހަދާ ވިޔަރި ދައްކަން ފެށީ ތިޔަ ހެންނަކުން ނޫނެވެ. 

ރަނެއް މަލަކަށް ހަދައިގެން އުޅުނު އެންމެންގެ އަޑު ނާހާ ހުދުކޮތަރު ކޯލީޝަނެއް ހަދަން މުޑިނެގިއެވެ، ހުދުކޮތަރު ކޯލިޝަން ހެދުމުގެ ފަހަތުގައި ވެސް އޮތީ ބޮޑުވަޒީރުކަމުގެ ހީލަތްތެރި ރޭވުމެވެ. ހުދުކޮތަރު ކޯލީޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމުން ހުވާކުރުމުގެ ކުރީން ޖުމްހޫރީން ކޮށްދޭން ޖެހޭ ކަމަކީ  ވެރިކަމުގެ ނިޒާމު ބަދަލު ކުރުމެވެ. ކޮތަރު ކޯލީޝަނުގެ ފިކުރެއްގެ ދިރުމަށް ޖުމްހޫރީ ލީޑަރު މެންބަރުން ގަނެ ދިނުމެވެ. ބަރުލަމާނީ ފެންނަ ނުފެންނަ ވޯޓަށް ޖުމްހޫރުން ހަރަދު ކޮށްދީގެން ބަރުލަމާނީ ފެންނަ ނުފެންނަ ވޯޓު ނަގުވާ ނިޒާމް ބަދަލުކުރުމެވެ.

އެވަރަކުން ނުނިމެއެވެ. ޖުމްހޫރީ ލީޑަރު ހުވާކުރުމުގެ ކުރީން ބޮޑުވަޒީރަށް ސަރުކާރު އެކުލަވާލަން ފުރުސަތުދީ ސަރުކާރު ހިންގުން ބޮޑު ވަޒީރާ ހަވާލުކުރުމެވެ. ހުރިހާ މަސައްކަތަކާއި ހޭދައެއްކޮށް ސަރުކާރެއް އުފައްދާދީ ހެދުމަށް ފަހު ޖުމްހޫރީ ލީޑަރު ރައީސް ކަމަށް ހުވާކޮށްގެން ޖުމްހޫރީ ލީޑަރު ވާންޖެހެނީ ރިޔާސީ ގަނޑުވަރުގައި އެލުވާފައި ހުންނަ ޗަނދަލިޔާ އަކަށެވެ. ރައީސަށް ދައުލަތުގެ އެއްވެސް ކަމަކާ ބެހެވިގެން ނުވެއެވެ.

ބޮޑުވަޒީރުގެ ބަރުލަމާނީ ނަނާ ހުވަފެން ހަގީގަތަކަށް ހަދަން ކޮތަރު ކޯލިޝަން ވައިގާ ހިއްޕާކަށް ޖުމްހޫރީ ލީޑަރު އާނބަހެއް ނުބުންޏެވެ. ބަރުލަމާނީ ވެރިކަމެއް އަތުވެއްޖެނަމަ އެންމެ ފަސޭހައިން ބޮޑު ވަޒީރަކަށް ވެވޭނެ އެކަކީ ޖޫމްހޫރީ ލީޑަރެވެ. އެހެނަސް ބަރުލަމާނީ ވެރިކަމެއްގައި ދައުލަތް ހުއްޓި މަރުތަޅު އެޅޭ ޒާތުގެ އެތައް ކަމެއް ކުރިމަތިވާނެކަން ޖުމްހޫރީ ލީޑަރަށް އެނގެއެވެ. 

ބަރުލަމާނީ ވެރިކަމެއްގައި އަމިއްލަ ޕާޓީތެރޭގައިވެސް ފެކްސަނީ ވާދަ ބޮޑުވެ އަމިއްލަ ޕާޓީގެ ބޮޑުވަޒީރު ވައްޓާލާ ސަރުކާރު މަރުތަޅު އަޅުވާލާ ދައުލަތް ހުއްޓާލަން ލަހެއް ފަހެއް ނުވާނެކަން ޖުމްހޫރީ ލީޑަރަށް އެގެނީތާއެވެ. ކޮތަރު ކޯލިޝަންގެ މަޅީގައި ނުޖެހި ސަލާމަތްވީ އެހެންވެ ތާއެވެ. 

ކަންކަން ހިނގާ މަގު ނިކަން ދެކޭށެވެ. ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށްގެން ރައީސްކަން ނުލިބޭނެކަން ޔަގީންވުމުން ބަރުލަމާނީ ނިޒާމަށް ދައުލަތް ހިންގުން ބަދަލުކުރަން މީހަކު މާ ބާރަކަށް އުޅުނެވެ. ފަސޭހަ ކަމާއެކު މަޖިލީހުގެ ކޮންޓްރޯލް ހޯދައިގެން ބޮޑުވަޒީރަކަށް ވެވިދާނެ ކަމުގެ ކުލަ ހުވެފެނުގައި ނިޒާމު ބަދަލު ކުރަން އުޅުނު މީހާއަށް ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށް ނުވެވި އުޅެނިކޮށް ބަރުލަމާނުން ކެހިދީފިއެވެ. 

ސްޕަރ މެޖޯރިޓީ އޮވެގެން މަޖިލީހުގެ ރިޔާސަތަކީ ބޭބެއާއި ކޮއްކޮ ހެއްލާން ގޯތީގައި އެލުވާދިން އުނދޯއްޔަކަށް ހަދާ ދިނީމާ އޮޅި އަބަދު އެގޮތަށް އެކަން އޮންނާނެ ކަމަށް ހީކޮށް ރިޔާސަތަށް ސަވާރުވެ ތިއްބާ ކަމަކު ދާކަށް ނެތެވެ. އަމިއްލަ ޕާޓީން ވައިވެ ހުވަފެނީ ބޮޑު ވަޒީރަށް ކުޑަ މިސުރު ދައްކާލައިފިއެވެ. ބަރުލަމާނީ ނިޒާމު ލޮލަށް ނުފެންނަނީސް ބަރުލަމާނުންގެ ބާރު ހުވަފެނީ ބޮޑުވަޒީރަށް ދައްކަލައިފިއެވެ. ހަމަ ހޭ ހުރެ ބަރުލަމާނުނަށް އިތުބާރުކޮށްގެން ބަރުލަމާނީ ވެރިކަމެއް ގެންނަން މަސައްކަތެއް ދެން ނުކުރާނެއެވެ. 

]]>
Tue, 20 Jun 2023 21:03:12 +0500 ހީރަސްނިއުސް
ހިސާބު ޖަހަޖަހާ ތިއްބާ 2023 ވެސް އިބޫއަށް https://heerasnews.com/1532 https://heerasnews.com/1532 އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމެޓީގެ ގޮނޑިތަކެއް ޕީޕީއެމަށް ލިބިގެން އާދަން ޝަރީފު އުމަރު މެން ދަތްމަށްޗަށް ތުންނާރައިގެން އެބަ އުޅެއެވެ. މާބޮޑު ކާމިޔާބީއެއް ލިބިގެންނޯލައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމެޓީގެ ގޮނޑިތަކެއް ޕީޕީއެމަށް ލިބުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ބަލިވާނެ ކަމުގެ ފާލެކޭވެސް އެބަ ބުނެއެވެ. 

ރަންކޮޅާ އާދަނާއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކަކީ ރަށްރަށުގެ ވަކިވަކި އާއިލީ މަސްލަހަތާ ގުޅިފައި އޮންނަ އިންތިހާބެއް ކަމެއް އާދަނުމެނަކަށް ނޭނގޭދޯއެވެ. ތިޔަ ބުނާ އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީ ވަގުތާ ހަކަތަ ދުއްވާލުމުގެ ޝައުގުވެރި ކަމެއް މި ވަގުތު އެމްޑީޕީގައި އޮތްނަމަ ތިޔަ ގޮތަށް ދަތް ދިލުވައިގެން އާދަނުމެން ތިބޭކަށް އެމްޑީޕީން ފުރުސަތެއް ނުދިނީހެވެ. އެންމެ ފަހުން އޮތް މަޖިލިސް ގެ ބައި-އިލެކްޝަން ތަކުން އާދަނަށް އެކަމެއް ނޭގުނުދޯއެވެ.

ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް އައީ ބަޅު ރުކު ވޯޓު ލިބިގެނެއް ނޫނެވެ. އާދަނުމެން ތިޔަ ފާޑަށް ހިސާބު ޖަހަޖަހާ ތިއްބައެވެ. ރައީސް ސޯލިހު ސަރުކާރު ވެރިކަމަށް އައިއްސުރެ އާދަނުމެން ތެޅިފޮޅުނީ ސަރުކާރު ބަދަލު ކުރުމަށެވެ. ވީކަމެއް ހަރާމުން ހަރާމެވެ. އަމާން ކަމާއި ފަސޭހަ ކަމާއެކު ފަސް އަހަރުގެ ދައުރެއް ނިންމާ ދެވަނަ ދައުރަށް ރައީސް ސޯލިހު ސަރުކާރު އެ އޮތީ ފައްކާވެފައެވެ. 

އެމްޑީޕީން މިހާރު ކުރާ މަސައްކަތަކީ އެއްބުރުން ރައީސް ސޯލިހަށް ދެވަނަ ދައުރު ހޯދާދިނުމުގެ މަސައްކަތެވެ. ވާދަވެރިންހެން އެމްޑީޕީ ފޯކަސް ގެއްލިގެން ނޫޅެއެވެ. އެމްޑީޕީ މި ދަނޑިވަޅު އަމާޒު ހިފާފައި އޮތީ ދެވަނަ ދައުރު ކާމިޔާބު ކުރުމަށެވެ.

ރިޔާސީ އިންތިހާބު މިހާރު މިއޮތީ ނަގާ ބޯމަތިވެފައެވެ. އާދަނުމެން އަޑަށް ބާރުލާފައި ތިޔަ ދައްކަނީ ރައީސް ޔާމީނު އިންތިހާބު ކާމިޔާބު ކުރާނެ ވާހަކައެވެ. ތިޔަހެން ހިޔާލީ ފޮލާ ކައްކާލަ ކައްކާލަ ތިއްބާ ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރާތަން ދެކެން ތިބޭށެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ވުރެ ރަނގަޅު އެހެން ގޮތެއް ނެތްކަން ދިވެހި ގިނަ ރައްޔިތުން ދަނެއެވެ. ފެށިފައި ހުރި ކަންކަން ހުއްޓާލާ އަނެއްކާ ފެށި ހިސާބަށް އެނބުރި ދާކަށް ރައްޔިތުން ނޭދެއެވެ. 

އުމަރު ނަސީރާއި ގާސިމް ފަދަ ރައްޔިތުން ބަލައި ނުގެންފައި ތިބި ބަޔަކު ދެންވެސް ބަލައިގަންނާކަށް ގިނަ މީހުނަށް ފަސޭހައެއް ނޫނެވެ. ޔާމީނާއި ނަޝީދު ފަދަ ޓެސްޓެޑް ފޭލިޔަރުންނަކަށް ވެސް އޯކޭއެއް ނޫނެވެ. ރައްޔިތުން 2013 ގައި ނަޝީދު ވަނީ ފޭލިކޮށްލަފައެވެ. ޔާމީނު ވެސް 2018 ގައި އެއޮތީ ފޭލި ކޮށްފައެވެ. ފޭލިޔަރުންނަށް ޖާގަ ނުދީ ރައީސް ސޯލިހުގެ ސުލްހަވެރި އަމާން އޮމާން ތަފާތު ނުކުރާ ވެރިކަމަށް ދެވަނަ ދައުރު ދީގެން ގައުމުގެ ހަލަބޮލިކަން ފިލުވާލުމަށް ރައްޔިތުން ތިބީ ކެތް މަދުވެފައެވެ.   

]]>
Mon, 19 Jun 2023 09:51:21 +0500 ހީރަސްނިއުސް
ގާސިމަށް: ދަތްދަގަނޑާ މަރުތޭލުގައި އެ ލެފެލަނީ ތިޖޫރީ ކައިރިއަށް https://heerasnews.com/1530 https://heerasnews.com/1530 ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މި ސަރުކާރުގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ކަން ކުރެއްވި މުޙައްމަދު މަލީހް ޖަމާލު ވިދާޅުވިޔަސް އެ ވިދާޅުވަނީ ވަރަށް ބޮޑު ތެދުފުޅެކެވެ. ޖުމްހޫރީ ޓިކެޓެއްގައި ވަޒީރު ކަމެއް ލިބެނީ ޖުމްހޫރީ ލީޑަރު ގާސިމް އިބްރަހީމް ލައްކަ އިތުބާރު ކުރައްވައިގެންނެވެ. ގާސިމުގެ އުސޫލާއި ސިޔާސަތު ވަރަށް ބޮޑަށް ދެނެ ވަޑައިގަންނަވާ ބޭފުޅަކަށެވެ. 

މަލީހު މިއަދު ޖުމްހޫރީއާއި ދުރުގައި ހުންނެވި ނަމަވެސް މަލީހަށް ވެސް ގާސިމު ގެންގުޅުއްވާ ސިޔާސީ ވިނިންގ ފޯމިއުލާ ވަރަށް ރަނގަޅަށް ސާފުވެ ވަޑައި ގަންނަވާނެއެވެ. ޖޭޕީގެ މިހާރުގެ ސެކެރެޓަރީ ޖެނެރަލް އަލީ އާރިފަށް ރައީސް ޔާމީނުގެ ކަންކަން ހުންނަގޮތް އެނގި ވަޑައިގަންނަވާ ބީދައިންނެވެ. ކުލަ ބަދަލު ކުރިޔަސް އަލީ އާރިފްގައި ހުންނަނީ ޔާމީނުގެ ލެޔެވެ. މަލީހުގެ ހުންނާނީ ގާސިމުގެ ލެޔެވެ. މި ވަގުތު އަރާ ތިއްބެވި ޕްލެޓް ފޯމް ތަފާތީއެވެ. 

އެހެން ކަމުން ޖޭޕީ ލީޑަރަށް ހަމަ އެންމެ ބުއްދިވެރި ގޮތް މަލީހު އެ ވިދާޅުވީއެވެ. މަލީހު ވިދާޅުވިޔަސް އެ ވިދާޅު ވަނީ ވަރަށް ބޮޑު ތެދެކެވެ. ޖޭޕީ ލީޑަރަށް ހަމަ އެންމެ ބުއްދިވެރި ވާނީ ތިޖޫރީގައި އިތުރު ތަޅެއް އަޅުއްވައި އިންތިހާބު ނިމެންދެން ބެހެއްޓެވުމެވެ.

ކޮންމެ ރިޔާސީ އިންތިހާބަކަށް ތިލަވާ މޫސުމީ ކަނދު ފައްޗެއް ކަމަށް މީހުން ގަބޫލުކުރާ ޖުމްހޫރީ ޕާޓީގެ ޒާތް މަލިޙު އެވިދާޅުވެ ދެއްވީ ހެޔޮކޮށެވެ. އައްޓަ މަހުން ފެށިގެން ފެމުނު މިޔަރަށް ދާންދެން ކަނދުފަތީގެ ވަށައިގެން ކުރުކާލި އެބަ ކަނޑައެވެ. ކަނާއަތާއި ވާތް ފަރާތުގައި ވެސް ބިޔަ ފެމުނު މިޔަރު އެބަ ހޭރިޔާ ކުރާ ކަމަށް މަލީހު އެ ވިދާޅުވާ ވިދާޅުވުން އައު ކޮށްލަމެވެ. ތެދެކެވެ. ވަށައިގެން އެނބުރޭ ބަގަ ތިޖޫރީ ނުހުޅުވައިގެން އެ ވާހަކަ ކަން ބޮޑުވެ ބޮޑުވެފާ އެބަ ދައްކައެވެ. 

ކޮޅުން ފޯދި ސިޔާސީ ގޮތުން ބާކީވެ މިލާ މޯޅިވެފައި ތިބި ބަޔަކު ޖުމްހޫރީ ލީޑަރު ވަށާކުރާ ތޮވާފުން ތިޖޫރީ ހުސްވުން ނޫން ކަމެއް ގާސިމަކަށް ވެފައެއް ނެތެވެ. ވާކަށް ވެސް ނެތެވެ. ކުރިން ވަޒީރުކަން ކޮށް ފޭލިވެފައިތިބި މީހުންނާއި، ކުރިން މެންބަރުކަންކޮށް ރައްޔިތުން ބަލައި ނުގަނެ ޑަސްބިނަށް ލީ މެންބަރުން ތަކަކާއި، އިންތިހާބު ތަކުގައި ވާދަކޮށް ގޮނޑި ކާމިޔާބު ނުކުރެވުނުހާ ފޭލިޔަރުން އިސް ސަފުގައި އަތުރައިގެން ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ތިޖޫރީ ނޫނީ ގާސިމުގެ ނެތެވެ. ފެމުނު މިޔަރު ތަކުގެ ގޮހޮރު ފުލުގައި ނުޖެހި ރައްޔިތަކަށް ހަތަރު އަނާއެއް ވެސް މީގެ ކުރިއަކުން ލިބިފައެއް ނެތެވެ. ދެން ވެސް ނުލިބޭނެއެވެ.

ޚަރަދު ނުކުރައްވާ ވޯޓު ހޯއްދަވާ ފަހަރަކަށް ހެއްދެވުމަށް މަލީހު ގާސިމަށް ނަސޭހަތްތެރިވެ ވަޑައިގަތީ ކަމެއް ވެގެނެވެ. ގާސިމު ވޯޓު ގަތުމަށް ހޭދަ ކުރައްވާ ވަރާ ލިބި ވަޑައިގަންނަވާ ނަތީޖާ ދެނެވަޑައިގެން  ހުންނަވައެވެ. މިފަހަރު އުފެދޭ ސަރުކާރަކުން ހީކުރައްވަ ވަރުގެ ބޮޑު ފޮއްޗެއް ޖުމްހޫރީއަށް ލިބުމަށް ވުރެ ނުލިބުން ގާތްކަމުންނެވެ.

މަލީހު އެ މޭރުމުން ޓްވީޓް ކުރެއްވުމުން ކަނދުފަތީގައި މުގޯލިއަޅާ ފެމުނު މިޔަރު ތަކަށް ކެތެއް ނުވިއެވެ. ހާސް ކަނޑާލާށޭ ހަމަ ޖެހޭނެޔޭ ގޮވަމުން ފަޔަށް ހިނި އަރައިގެން ތެޅިފޮޅިގެންފިއެވެ. ގާސިމަށް ބޮޑު މަންޒަރު ދައްކަން މި ފަހަރަކީ ގާސިމްގެ ފަހަރޭ ކިޔައިގެން ދަތް ދަގަނޑާ ބޮޑު މަރުތެޔޮ ހިފައިގެން އެވެރިން ލެފެނީ ތިޖޫރީ ކައިރިއަށެވެ. 

]]>
Sat, 17 Jun 2023 14:18:11 +0500 ހީރަސްނިއުސް
އަޅުތަކުންގެ ފަތް ހިސާބުކުރަން ހުންނާނީ އަލީ ރަމީޒެއް ނޫން https://heerasnews.com/1524 https://heerasnews.com/1524 ދީނީ ގޮތުން ޑރ. އިޔާޒު ދިޔަމަގަކުންވެސް އަލީ ރަމީޒަކަށް ނުހިނގޭނެއެވެ. ޑރ. އިޔާޒު ދީނަށް ފުރައްސާރަ ކުރުމަށް ކުރެއްވި ކަމެއް މުޅި ހަޔާތްޕުޅުން ވެސް ނުފެންނާނެއެވެ. އަލި ރަމީޒު އެހެން ހެއްޔެވެ. އިލްމާ އަމަލުގައިވެސް ޑރ. އިޔާޒާއި ޖަދަލުކުރެވޭ ވަރުގެ ގާބިލުކަމެއް އަލީރަމީޒުގެ ކިބައަކުނުވެއެވެ. 

ޑރ. އިޔާޒަކީ ދީނީ އިލްމުވެރިއެއްގެ ލޭބަލް ޖައްސަވައިގެން އުޅުއްވާ ބޭފުޅެއް ނޫނެވެ. މުޅި އިސްލާމީ ދުނިޔެ ގަބޫލު ކުރާ ދީނީ އިލްމްވެރިއެކެވެ. ކަންދަހާރުގެ ޖުއްބާ ލައިގެން ބޮލުގައި ފަގުޑި ބަނދެގެން އުޅުނަސް އަލީ ރަމީޒަކީ ދީނީ ވާހަކަ ދައްކާ މީހުންގެ އިސްލާމްކަން ގިންތިކުރަން ކާކުހެއްޔެވެ.

އިސްލާމް ދީނުގެ ހުރުމަތް ކެނޑޭ ގޮތަށް ޑރ. އިޔާޒް ކުރެއްވި އެންމެ ޓްވީޓެއް ވެސް އަލީ ރަމީޒު ނިކަން ދައްކަބަލާށެވެ. އަލީ ރަމީޒަކީ އިސްލާމް ދީން ކަމަށް ހެދިގަނެގެން އަލީ ރަމީޒު އުޅޭހާ ގޮތަކީ މުސްލިމުންގެ ގޮތްކަމަށް ދެއްކި ގަނެގެން ރޯނު އެދުރު ހެދިގެން އުޅޭ އުޅުން ދިވެހިން ދަނެއެވެ. 24 ގަޑިއިރު ޑރ. އިޔާޒު ކުރައްވަންވީ ކަމަކާއި އުޅުއްވަންވީ ގޮތެއް އެގޭނީ އަލީ ރަމީޒަށް ހެއްޔެވެ. ވަކަރުގޭ ކުދިން ގޮތަށް ދުލަށް އައިހާ އެއްޗެއް ގޮވާ ޓުވީޓް ކުރުމުގައި އަލީ ރަމީޒަށް ވުރެ ވަކީން އަރާހުރި މީހަކު ނެތެވެ.

މުސްލިމު ދިވެހި ރައްޔިތުންގެ ތެރެއިން ވަކި ބަޔަކު " ލާދީނީ ބައިގަނޑު" ގެ ގޮތުގައި ލޭބަލު ކުރަން އަލީ ރަމީޒަށް އިސްލާމު ދީން އެންގީ ކޮން އިރަކު ހެއްޔެވެ. އަލީ ރަމީޒާއި އަލީ ރަމީޒު ގަބޫލު ނުކުރާހާ ބަޔަކީ މުސްލިމުން ނޫން ކަމަށް ކަނޑައަޅަށް ބާރު ލިބުނީ ކޮން އިރަކު ކިހިނެތް ހެއްޔެވެ.

އިސްލާމީ އިލްމާއި އަހުލާގާއި ސަގާފަތާއި ޑރ. އިޔާޒުގެ ކިބައިގާ ހުރިވަރާ ގަތަށް ވެސް އަލި ރަމީޒުގެ ކިބައިގައި ނުހުންނާނެކަން ޔަގީނެވެ. އަލީ ރަމީޒު ތާއީދު ކުރާ ސިޔާސީ ފިކުރުގެ އަންހެނުންތަކެއް ޑރ. އިޔާޒްގެ ފަހަތްޕުޅުން ދުވެ އާޑަ ފުރައްސާރަކޮށް އިބިލީހަށް ގޮވިގޮވުމަކީ ރަނގަޅު ދީނީ ކަމެއް ކަމަށް ދައްކަން އަލީ ރަމީޒު މަސައްކަތް ކުރުމުން ތިމާގައި އިސްލާމީ އަހުލާގުގެ ކަންފުޅެއް ވެސް ނެތްކަން ޔަގީން ވެއްޖެއެވެ. 

ޑރ. އިޔާޒް ކުރައްވާ ޓްވީޓެއް ނުވަތަ ދެއްވާ ފަތުވާއެއްގައި މާތް ރަސްކަލާންގެ ހައްގު ދީނާ ފުށުއަރާ ގޮތަށް ދެއްކެވި އެންމެ ވާހަކަފުޅެއް ވެސް އަލީ ރަމީޒަކަށް ނުދެއްކޭނެއެވެ. އެވަރުގެ އިލްމީ ގާބިލުކަމެއް އަލީ ރަމީޒުގެ ނެތެވެ. ޑރ. އިޔާޒު ވިދާޅު ވަނީ ބުހުތާން ދޮގުކަމަށް ބުނާނީ އަލީ ރަމީޒުގެ ޖާހިލު ކަމުންނެވެ.

އަޖައިބެކެވެ. އަލީ ރަމީޒަކީ ﷲގެ ހަޒްރަތަށް ހުއްޓެން ނުޖޭހޭނެ މީހަކީ ހެއްޔެވެ. ގިޔާމަތް ދުވަހުން އަޅުތަކުންގެ ފަތް ހިސާބުކޮށް ސުވަރުގެ ވަންތަ ވެރީންނާއި ނަރަކައިގެ އަހުލުވެރިން ކަނޑައަޅަން ހުންނާނީ އަލީ ރަމީޒެއް ނޫނެވެ. ޑރ. މުއިއްޒެއް ސަލަފް ޖަމް އިއްޔާއެއްވެސް ނޫނެވެ. 

]]>
Thu, 15 Jun 2023 21:20:29 +0500 ހީރަސްނިއުސް
އިދިކޮޅުން އެޗްއާރުސީއެމްގެ މުއައްޒަފުން ރަހީނުކޮށްފި https://heerasnews.com/1522 https://heerasnews.com/1522 އެޕޮއިންޓްމެންޓެއް ހަމަޖެއްސުމަށް ފަހު އެޕޮއިންޓްގެ ގަޑިއަށްވުރެ މާފަހުން އެޕޮއިންޓްމަންޓްގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަދެ އެތާނގެ މުއައްޒަފުން އިދިކޮޅު ކޯލިޝަނުން ރަހީނުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން ސިޓީއަކުން އިއްޔެ އެދިފައިވާތީ ކޮމިޝަންގެ މެންބަރުންގެ ވަގުތުތައް ހުރިގޮތަށް ބަލައި މިއަދު ހެނދުނު 11:15 އަށް އެޕޮއިޓްމަންޓް ހަމަޖައްސައިދިނެވެ. އިދިކޮޅު ކޯލިޝަނުން އެ ބައްދަލުވުމުގެ ނަމުގައި ހިއުމަންރައިޓްސް ކޮމިޝަނަށް ވަދެފައިވަނީ އޭގެ ދޮޅުގަޑިއިރު ފަހުންނެވެ.

ރަހީނުގެ އެ އަމަލު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ހިންގާފައި ވަނީ މިއަދުގެ ބައްދަލުވުމަށް ގަޑިޖެހިގެން އެތައް އިރެއް ވީއިރު ވެސް އެމީހުން އައިސްފައި ނުވާތީ އެ ވާހަކަ އެޗްއާރުސީއެމް އިން  އެ ފަރާތަށް އެންގުމަށް ފަހު ޖޫން 15، 2023 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ބައްދަލުވުން ހަމަޖައްސައި އެކަން އެ ކޯލިޝަނަށް ސިޓީއަކުން އަންގާފައި ވަނިކޮށެވެ.

އިދިކޮޅު ކޯލިޝަނުން އެޗްއާރުސީއެމްގެ އޮފީހުގެ ތެރޭގައި އަޑުގަދަކޮށް މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވަނީ އަމަލު ކޮށްފައެވެ. އެޕޮއިންޓްމެންޓެއް ހޯދައިގެން އެޗްއާރުސީއެމްގެ މެންބަރުންނާ ބައްދަލު ކުރުމުގެ ނަމުގައި ދިޔަ މީހުން ރަސްމީ ގަނޑި ނިމުނު އިރުވެސް އެތަނުން ބޭރަށް ނުނިކުމެ އެތައް ހިސޯރު ކޮށްގެން ތިބުމުން ހިއުމަންރައިޓްސް ކަމިޝަންގެ އޮފީސް ބަންދު ނުކުރެވި މުވައްޒަފުންނަށް ގެއަށް ނުދެވިފައި އެތައް އިރަކު ތިބެން ޖެހުނެވެ. 

ރަހީނު ކުރުމުގެ މި އަމަލު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ހިންގީ އެޕޮއިންޓްމެންޓްގެ ގަނޑިއަށް މިއަދު އެ މީހުނަށް ހާޒިރު ނުވެވުމުން  ޖޫން 15 ވަނަ ދުވަހުގެ ހެދުނު 9.00 އަށް ސިޓީއަކުން އަންގާ އެޕޮއިންޓްމެންޓް ދީފައިވަނިކޮށެވެ. 

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ޢަމަލުކޮށްފައިވާ ގޮތް ހިއުމަން ރައިޓްސް ކޮމިޝަނުން ވަރަށް ބޮޑަށް ކުށްވެރި ކުރެއެވެ. އެކަން ހިނގާދިޔަ ގޮތް އެ ކޮމިޝަނުން ބަޔާނެއް ނެރެ ވަނީ ހާމަ ކޮށްދީފައެވެ. 

]]>
Wed, 14 Jun 2023 20:33:07 +0500 ހީރަސްނިއުސް
ގާސިމަށް: ދޮޅިކެނޑިގެން ފައިބުޑަށް ވެއްޓޭތަން ފެންނާނެ! https://heerasnews.com/1505 https://heerasnews.com/1505 2018ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ޖުމްހޫރީ ތާއީދު ކުރީ އެހެން ގޮތެއް ނެތިގެންނެވެ. ޔާމީނުގެ އަނިޔައިން ގާސިމާ އޭނާގެ މުދާ ސަލާމަތް ކުރަން ވެގެންނެވެ. މި ވެރިކަމުގެ ފަސް އަހަރު ދައުލަތުން ބޮޑު އެއްޗެއް ކަޅާކޮށްލުމުގެ ބޭނުމަކީވެސް އޮތް ބޭނުމެކެވެ. އެހެންޏާ ފަހެ! ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެ ވާދަކުރެވެން އޮވެ ރިޔާސީ އިންތިހާބުގައި ޖޭޕީ ވާދަ ނުކުރަނީ ކޮން އިރަކު ހެއްޔެވެ.

ދެ ފަހަރު ވެސް ޖޭޕީން އެމްޑީޕީގެ ކެންޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާއީދު ކުރީ ދިވެހި ރައްޔިތުންނާއި ގައުމަށް ހެވެއް އެދިގެނެއް ނޫނެވެ. ރާއްޖޭގެ ސަރަހައްދޭ މިނިވަންކަމޭ ދީނޭ ރާއްޖޭގެ ސްޓްރަޓެޖިކް އެސެޓޭ އިގްތިސާދުގެ ހިމާޔަތޭ ގާސިމު އިބްރާހީމް ކީމާ ކޮޅަށް ޖެހެނީ އަތުހުރި ލޯލިތަކެވެ. ރައްޔިތުންގެ މެދުގައި އިންސާފު ގާއިމްކުރުމޭ އިޖުތިމާއީ ހަމަޖެހުމޭ ތަރައްގީ އާއި ކުރިއެރުމާ އުފާވެރި ދިރިއުޅުން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމޭ ގާސިމް ބުނީ މާ އަންނަނީ ހިންޏެވެ. 

ފުދުންތެރި ކަމޭ ހަމަޖެހޭ ދިރިއުޅުމޭ ގާސިމް ބުނާއިރު ކުޑަމިނުން ކޮވިޑަށް ފިލައިގެން އޮތްއިރު ކޮވިޑް މެނޭޖުކޮށް ރައްޔިތުން ބަނޑަށް ނުޖައްސާ މެނޭޖު ކުރި ގޮތެއް ނޭގޭނެއެވެ. ކޮވިޑްގެ ވަބާގެ ތެރޭގައި ބޮނދާ އޮވެ މުއައްޒަފުން ކަނޑާ ތިބި މަދު މީސްކޮޅަށް އެއްހާސް ރުފިޔާ މުސާރައިގެ ގޮތުގައި ދީގެން ކޮވިޑް ފެސިލިޓީ ހަދައިގެން ދައުލަތުން ފައިސާ ދަމާވީދި މީހަކީ ކާކުތޯ ބުނެފިއްޔާ ކޮންމެ މީހަކުވެސް ބުނަނީ އެއީ ގާސިމު އިބްރާހީމް ކަމަށެވެ. އެ ދުވަސްވަރު މަޖިލީހަށް ނުގޮސް މަޖިލީހުން މުސާރަ ނަގާ، މީހުން ނިކަމެތިވެ ގޮތް ހުސްވެ ދުނިޔެއާއި ދައުލަތަށް އާމްދަނީ ލިބުން ހުއްޓިފައިވާ ދަނޑިވަޅުގައި ނިކަމެތިންގެ ނިކަމެތި ކަމުގެ ފައިދާ ނަގައިގެން މާލޭން ބޮޑު ބިމެއްގަތީ ކާކުތޯ އަހައިފިނަމަ މީހުން ބުނަނީ ގާސިމް އިބްރާހީމްގެ ވާހަކައެވެ. 

ދައުލަތުގެ ސްޓްރަޓެޖިކް އެސެޓްގެ ވާހަކަ ގާސިމް ދައްކާއިރު އެތައް ބިމެއް ނުއަގުގައި ނަގާ ހިސޯރުކޮށްގެން ފެށުނީއްސުރެ ދައުލަތުން ނަހަމަ ގޮތުގައި މަކަރާ ހީލަތުން އެންމެ ބޮޑު ނާޖާއިޒު ފައިދާއެއް ނަގަނީ ކާކުތޯ އަހައިފިނަމަ އެމީހަކީ ގާސިމް އިބްރަހީމޭ މީހުން ބުނެއެވެ. އެއްބަސްވުންތައް ދެފުށު މިޔަ އެޅޭ ޒާތަށް ހައްދާ އެއްބަސްވުމާއި އެއްގޮތަށް ބިންތަކާ ރަށްތައް ތަރައްގީ ނުކޮށް ނައިބުގެ ކޮންޓްރޯލްކޮށް ސަރުކާރުގެ ޒިންމާ އަދާނުކުރާ ކަމަށް ހަދައިގެން ކައިރިއަށް ބޮޑުވާހެން ނިޒާމުގެތެރެއިން ދައުލަތް ދަވާލަނީ ކާކުތޯ އަހައިފިނަމަ އެންމެ ފުރަތަމަވެސް ބުނާނީ ގާސިމްގެ ނަމެވެ.  މިވެރިކަމުގައިވެސް އަދުލުވެރި ބަދަލުގެ ނަމުގައި އެންމެ ގިނަ ފައިސާ ހޯދަން ދައުވާކޮށް އެކި ފަހަރު މަތީން އެތައް ބިލިޔަނެއް ދަމައިގަތީ ކާކުތޯ ބުނެފިނަމަ ބުނާނީ ގާސިމް އިބްރާހީމްގެ ވާހަކައެވެ. 

އަނބި މިހާ އާއި އެތައް އިނާޔަތެއްދޭ އަޅުކުދިން ކޮޅެއް މަސްލަހަތު ހުރި މިނިސްޓްރީތަކުގައި ބައިތިއްބައިގެން ބޮނޑި ބޮޑުކޮށް އަތްގުޅި ނުކާ ވަރަށް ފުފިއްޖެއެވެ. ވަރުގެކޮޅަށް ފުފުނީމާ ނިކުމެ މި ސަރުކާރުން ކަންކުރި ގޮތުން ބައިއަތު ހިފޭކަށް ނެތޭ ނިކުންނާނީ އަމިއްލަޔަށޭ ކީމާ ބަޔަކަށް ދެކަމު ހާޖަތަށް ދެވޭނެޔޭ ހީވަނީ ހެއްޔެވެ. ދެވަނަ ބުރެއްގައި ގަދަ ދޭކަށް ދެވިދާނެ ކަމަށް ހީވާވަރުން ތިޔަ ގޮތަށް ފުމޭނެއެވެ. އުކާ އެންކައިގެން އައިން އޮބާލީމާ ދޮޅިކެނޑިގެން އައިސް ފައިބުޑަށް ވެއްޓޭތަން މިތިބީ ބަލާށެވެ. 

]]>
Fri, 09 Jun 2023 15:57:50 +0500 ހީރަސްނިއުސް
ނަޝީދަށް ޖެހޭނީ ތިރިގޮނޑިއަށް ގުޅަޔަކަށް ޖެހެން https://heerasnews.com/1490 https://heerasnews.com/1490 ރައްޔިތުންގެ މަޖިލީހަކީ ނަޝީދު ކައްކާ ގަރުދިޔަތެލީން ގަރު ނަގާއުކަން އޮތް ކެނެރީގޭ ބަދިގެ ފުއްޑަނެއް ނޫނެވެ. މަޖިލީހުގެ ކޮމެޓީތަކަކީ ނަޝީދު ބޭނުންހާ ގޮތަކަށް ދިލަޖައްސަން އޮތް ދުމައްޓެއް ވެސް ނޫނެވެ. މަޖިލީހުގެ މެންބަރުންނަކީ ކެރެފާ އޮޑިންބޭ ރާނގޮޑިއެއް ނޫނެވެ. އުސްގޮނޑިއަށް ބަޔަކު މީހުން ވެގެން އެރުވިހެން އެމީހުންނަށް ތިރި ގޮނޑިއަށް ވެސް ބެލޭނެއެވެ. މިއަދަކު ދާއިރާތަކުގެ ރައްޔިތުން ތިބީކީ ނަޝީދު ލައްވާހާ ކޮރަކީ ރީތި ނެށުމެއް ކަމަށް ބަލައިގަންނަ ގޮތަކަށް ނޫނެވެ. 

ބަންޑާރަ ނައިބާއި ހާރިޖީ ވަޒީރުގެ އިތުބާރުނެތް ކަމަށް ވޯޓަށް އަހަން ނުކެރިގެން ތިޔަ އުޅެނީ ބަރަހަނާ ވާތަން ފެންނާތީއެވެ. ލަސްކޮށް ފަސްކުރަނީ ބަންޑާރަނައިބު ރިފްއަތާއި ހާރިޖީ ވަޒީރު ޝާހިދުގެ ފުރިހަމަ އިތުބާރު އޮތްކަން އެނގޭތީ އެކަމާ މޭކަރައިގެންނެވެ. އޭގެ ފަހަތުގައި އޮތީ އީވާ ގިއްގެޅޭ ވޯޓުކަން އެނގޭނެތާއެވެ. އެހާ އަވަހަށް އީވާ ގިއްގަޅުވާލުމަކީ ފިސާރި ދަރަހިލޭނެ ކަމެކެވެ. 

އެމްޑީޕީގެ ރިޔާސަތު ހިސޯރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން ސައްކެޔޮ ގަހަށް މަކުނު އަރާ އިންނަހެން އިނުމުގެ ދުވަސް ހަމަވަމުން ދާތަން ފެންނަންޏާ ކަންކަން އެޖެންޑާއެއް ވެސް ނުކުރެވޭނެއެވެ. ކޮމެޓީތައް އެކުލަވާ ލެވޭ ކަމަކަށް ވެސް ނުވާނެއެވެ. ތިމާގެ ގޮތް ފޮތް ނެތްކަން ކަނު ބީރު މީހާއަށް ވެސް އިހުސާސް ވަންދެން އަމިއްލައަށް ހަސީލަތް ހާމަ ކުރަމުން ތިޔަ ދަނީ ލައިގެން އޮތް ދުލި ދަމައިގަނެވެން ދެނެވެ. ބާކުލިވެސް ފޫޅުގަނޑު ބޭރަށް ނިކުތަ ނުދޭން އުނބު ގަނޑަކަށް ނަމަވެސް ވަދެއޮވެއެވެ. ނަޝީދަށް އެވަރުވެސް ނުވެ އަމިލައަށް ތިމާގެ އަސްލު ސޫރަ އެހުރެގެން ދަނީ ހާމަކޮށް ދެމުންނެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުުމުގެ މަސައްކަތް ނުނިމޭ ކަމުގެ ބަހަނާގައި މައްސަލަތައް އެޖެންޑާ ނުކުރަނީ މަޖިލީހުގެ ރިޔާސަތު ރޭޕްކުރުމުގެ ގޮތުންނެވެ. މެންބަރުން ތަކެއް ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް އައި ބަދަލުތައް ނުގެނަސް ދާއިމީ ކޮމެޓީތައް އެކުލަވާ ނުލާ ސީދި އޮޑިއަށް ސައިތާނު އަރާ އިންހެން އިނަކަސް ކަމަކު ނުދާނެއެވެ. ދި މޮކް ރެޓްސް ނުވަތަ ދޮގުވެރި މީދާތައް ކާލިގަނޑު ކޮށާލަން އުޅޭ ވަރަކަށް ސޮހެނީ އަރާހުރި ހަރެވެ. ސަފޭދު ބަދަލު ކޮށްގެން ނިކުތަސް ދި މޮކް ރެޓްސް ޖެހޭނީ އަނގަ އޮރިކުރަން ފަތޭރި ވަކަރު މަތީ ދުވެދުވެ ތިބޭށެވެ. އެންމެ ފަހުން ނަޝީދަށް ޖެހޭނީ އުސްގޮނޑިން ވެއްޓި ތިރިގޮނޑިއަށް ގުޅަޔަކަށް ޖެހޭށެވެ. 
]]>
Mon, 05 Jun 2023 20:23:56 +0500 ހީރަސްނިއުސް
ޑރ. މުނައްވަރަށް: އުއްތަމަފަނޑިޔާރުކަން ނުލިބުމުގެ ހަސަދަ! https://heerasnews.com/1481 https://heerasnews.com/1481 ޑރ. މުނައްވަރަކީ ތައައްސުބެއް ނެތް ގައުމީ މީހެއް ކަމަށް ގިނަ ބަޔަކު ކުރީން ގަބޫލު ކުރިއެވެ. ރަނގަޅު ވަގުތުގައި ރަނގަޅު ވާހަކަ ދައްކަވާ ހަމައިގައި ހުންނަވާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. އެހެން ނަމަވެސް އެ ގަބޫލު ކުރުން އަމިއްލަފުޅަށް މިހާރު ބަދަލު ކުރައްވައިފިއެވެ. ޒާތީ ތައައްސަބާއި ލިބި ވަޑައިގެން ހުންނެވި އިލްމަކީ މަވެތިކަން ދައްކަވާ ހަތިޔާރަކަށް ހައްދަވައިފިއެވެ. ބޯގޯހުންގެ ލިސްޓުގެ އެންމެ ކުރީން ޖާގަ ހޯއްދަވައިފިއެވެ.

ބާނަ ބާނާ ތިއްބާ ވިއްކާލީ ކަމަށް ތިޔަ ވިދާޅުވަނީ ކަނޑެއް ކަމެއް އެހެން އެއްޗެއް ކަމެއް އޮޅުމެއް ނުފިލައެވެ. އެކަން ރައްޔިތުންނަށް އެންމެ ބޮޑަށް އޮޅެނީ ޑރ. މުނައްވަރުގެ ބަންޑާރަ ނައިބު ކަމުގައި އެކުލަވާލި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގެ ސަބަބުންނެވެ. އެ ގާނޫނުގައި ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ބުނެފައި އެބައޮތެވެ. ރާއްޖޭގެ އާޗިޕިލަޖިކް ބޭސްލައިން ކުރަހާ އެބޭސް ލައިނުން ފެށިގެން ބޭރަށް 12 ނޯޓިކަލް މޭލްގައި ހިމެނޭ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުކަމަށް ލިޔުނީ ޑރ. މުނައްވަރެވެ. ބޭސްލައިން އިހަވަންދިއްޕޮޅުން އައްޑޫގެ ނިޔަލަށް ކުރަހާ ރާއްޖޭގެ ސަރަހައްދުގެ ގާނޫނީ އިން ކަނޑައެޅީ ވެސް މުނައްވަރު ކަމަށް އަމިއްލަ ފުޅަށް ވިދާޅުވެއެވެ. 

ރާއްޖެއަށް ހާއްސަ އިގްތިސާދީ ސަރަހައްދަކީ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް ކަމަށް ގާނޫނުގައި ލިޔުނީ ވެސް މުނައްވަރެވެ. ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު އެހެން ބަޔަކާ ފުށުއަރާނަމަ އެ ބަޔަކާ އެއްބަސްވާ ގޮތެއްގެ މަތިން ފުށުއަރާ ސަރަހައްދު ބައިކުރަން ޖެހޭ ކަމަށް ލިޔުނީވެސް ޑރ. މުނައްވަރެވެ. ރާއްޖޭގެ އުތުރުން އިންޑިއާ އާއި ލަންކާ އާއި އެކު އެއްބަސްވުމެއްގައި ވާގޮތަށް އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭހެން ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައަޅާ ކަނޑުގެ ސަރަހައްދު ތަކާ ބެހޭ ގާނޫނުގައި ލިޔެ އެކަން ހަލާލު ކުރުމުގައި އިސްވެ ހުންނެވީ ވެސް ޑރ. މުނައްވަރެވެ. އޭރަކު ކަނޑު ވިއްކާލި ކަމަކަށް ޑރ. މުނައްވަރަކަށް ނުވިއެވެ.

މިއަދު އިންޓަނޭޝަނަލް ޓްރައިބުނަލަކުން ރާއްޖޭގެ ދެކުނުން އޮންނަ އިގްތިސާދީ ސަރަހައްދުގެ މައްސަލަ ހައްލު ކުރީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑު ވިއްކާލި ކަމަށް ވެއްޖެއެވެ. އަމިއްލަ އަތުން ފިއްޔާއި އަކުރާ ލިޔެ ފާސް ކޮށްފައިވާ ގާނޫނަކާ އެއް ގޮތަށް ގާނޫނީ ހަމައިން މޮރިޝަސްގެ ދައުވާ އަކަށް ދިވެހި ސަރުކާރުން އިޓްލޮސްގައި ޖަވާބު ދާރީވެ ފުށުއަރާ ސަރަހައްދުން ބޮޑުބައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމުގައި ކަނޑައެޅިގެން ދިޔުމުން ރައީސް އަޒްލް ކުރަން ޖެހެނީ މުނައްވަރު ލިޔެ ތަސްދީގް ކޮށްފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކާ ބެހޭ ގާނޫނާއި އެއްގޮތަށް ސަރުކާރުން އަމަލު ކުރީމާ ހެއްޔެވެ. 

ގާނޫނާ އެއްގޮތަށް ކަމެއް ކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަޒްލް ކުރަން ގޮވާ ގާނޫނީ މާހިރުންގެ އިހުލާސް ތެރިކަމެއް ނެތްކަން ކިހާ ސާފުހެއްޔެވެ. ބާނަ ބާނާ ތިއްބާ ކަނޑު ވިއްކީއޭ ކިޔައިގެން ރައްޔިތުން ލޭކައްކުވަން އޮޅުވާލުންތައް އޮޅުވާލާނީ ކިހާ ގައުމިއްޔަތު ބޮޑުކަމުން ހެއްޔެވެ. ބުނަނީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. ކުޅެނީ ސިޔާސީ ގޭމެވެ. ބާނަ ބާނާ ތިޔަ ތިބީ ކޮންމެވެސް އެހެން ތާކަށް ކޮންމެވެސް އެހެން އެއްޗެކެވެ. އެހެން ނޫނީ ވާނުވާ ނޭނގި ބާނަ ބާނާ ތިޔަ ތިބީ އަނގައެވެ.  

ބާނަ ބާނަ ތިއްބައޭ ބުނާއިރު ރާއްޖޭގެ މަސްވެރިން 75 މޭލު ބޭރަށް މަސްވެރިކަން ކުރާން ނިކުމެ އުޅުމަކީ ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުން ޒަމާނުއްސުރެ މަނާ ކަމެކެވެ. 75 މޭލު ބޭރުން ހުއްދަ ދެނީ ލޯންގ ލައިން މަސްވެރިކަން ކުރުމަށް އެކަންޏެވެ. އެއީ އާއްމު މަސްވެރިންނަށް ދޭ ހުއްދައެއް ނޫނެވެ. ރައީސް ޔާމީނު ވެރިކަމުގައި އެ ސަރަހައްދުން މަސްވެރިކަން ކުރުމަށް ބޭރު ބޯޓް ފަހަރަށް ދިނެވެ. އެކަން އެ މީހުން ކުރީ އޭނައަށް ބައިއަޅައިގެންނެވެ. އެ ހުއްދަތައް މިވެރިކަން ފެށުމާއެކު ވަނީ ބާތިލު ކުރެވިފައެވެ. ރާއްޖޭގެ މަސްވެރިންނަށް އެކަން ރަނގަޅަށް އެނގެއެވެ. 

ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިގެން ހުންނަވާ ރައްޔިތުންގެ ތާއީދު ހޯއްދަވަން ތިޔަ އުޅުއްވޭ ގޮތުން އެއްވެސް އިހުލާސްތެރި ކަމެއް ނެތްކަން ވަރަށް ސާފެވެ. ގެއަށް ކަނޑާލަން ޖެހޭނީ ކޮންބައެއް ކީއްވެކަން ވަރަށް އަވަހަށް ސާފު ވާނެއެވެ. އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައި ނުގަތީ ނަޝީދާ ގާސިމާ މައުމޫނު ބޭނުން ނުވެގެންކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވާ ރައީސް ސޯލީހަށް ހަސަދަ ފިލުއްވުމުގެ ބޭނުމެއް ނެތެވެ. 

]]>
Sat, 03 Jun 2023 11:27:02 +0500 ހީރަސްނިއުސް
ކައުންސިލަރ ސައިފަށް: ބޮކުބާރު ދެއްކޭނީ ފެންގަނޑުތެރޭ އޮންނައިރު https://heerasnews.com/1477 https://heerasnews.com/1477

މާލޭސިޓީ ކައުންސިލްގެ މެންބަރު ކަމުގައި ސައިފު ފާތިހު ހުރެގެން މާލޭ ރައްޔިތުންނަށް ކޮށްދޭ ކަންކަން ގިނަކަމުން މާލޭ ރައްޔިތުން އެ ތިބީ ހޯހޯ ގޮވާލަ ގޮވާލައެވެ. ހާއްސަކޮށް ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ ހުރިހާ ކަމެއް ސައިފު ފާތިހު ވަނީ ފުރިހަމަކޮށް ދީފައެވެ. އެމްޑީޕީގެ ޓިކެޓްގައި ހޯދައިގެން ލިބުނު މަގާމެއްގައި ހުރެގެން އެމްޑީޕީއަށް ފުރައްސާރަ ކުރާއިރު އުފަންކުޅަ މައިމީހާ ވެސް ހަނދާން ހުންނަހެނެއް ހިޔެއް ނުވެއެވެ. 

ބަލަގަ ސައިފޫއެވެ. އަންނިބެއަށް ވެރިކަން ނުލިބޭ ގޮތަކަށް އެކަކު ކުރާއެއް ކަމެއްވެސް ސައިފުމެންނަކަށް ކަމަކު ނުދާނެއެވެ. އަންނި ބޭގެ ނުފޫޒާ ބާރުން ގަލޮޅު އުތުރުގެ ކައުންސިލް ޓިކެޓް އެމްޑީޕީން ސައިފަށް ހޯދާދިނީ ގޭ ކުއްޖެއް ގޮތުގައި ބޮއްވާ ހެދިގެން އުޅޭތީކަން ނޭނގޭ މީހަކު ނޫޅެއެވެ. ތިޔަ ކައުންސިލަރު ކަމަކަށް އައިފަހުން މާލޭގެ ރައްޔިތަކަށް މޮޅެއް ހޯދަދޭން ތިޔަ ސައިފަކު ކުރިކަމެއް ބުނެބަލާށެވެ. ނެތެވެ. ނުވެސް އޮންނާނެއެވެ.

މާލޭގެ ގޯތި ގެދޮރާ މާލޭގެ ކަންކަން ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތަކީ ސިޓީ ކައުންސިލަށް ވެގެން ތިޔަ ބައިގަނޑަށް ކޮށްދެވުނު ކަމެއް ބުނެބަލާށެވެ. ފިތުނަ ފަސާދަ އުފެއްދުމާ އާއްމު އުދަގޫ ކުރުން ނޫން ކަމެއް ކުރެވޭ ހެއްޔެވެ. ކުޑަކުޑަ ކަމެއްގައިވެސް ސަރުކާރާ އެއްބާރުލުން ނުދީތިބެ ސަރުކާރުން މާލެއަށް ކަމެއްކޮށް ނުދޭ ކަމަށް ބުނެ ކޯތަޅުވަނީ ލަދު ހަޔާތް ކުޑަވީމައެވެ.

ހުޅުމާލޭގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ފްލެޓްތައް ނުފެންނަ ވަރަށް ކަނުވީމާ ފްލެޓެއްވެސް ނޭޅުނޭ ގޮވާނެއެވެ. އަމާގެ ބަނޑުން ފުންމާލި ގޮތަށް ދުއްވައިގަތީ ކާކު ހެއްޔެވެ. މަސައްކަތް ތަކަކީ މުއްދަތު ކަނޑައެޅިގެން ވަކި މުއްދަތެއްގެ ތެރޭގައި ކޮށް ނިންމަން ހަވާލުކުރާ ކަންކަން ކަން ބުރާންތި ކަމުން ނޭނގުމަކީ ޖެހިފައިހުރި ބައްޔެއްގެ ސަބަބުން ވާކަމަކީތާއެވެ. އެގްރިމެންޓާ އެއްގޮތަށް ފްލެޓް އެޅުމުގެ މަސައްކަތް ބާރަށް އެބަ ހިނގައެވެ. އެތަންތަނަށް މީހުން ވައްދާނީ ސައިފު ބުނީމައެއް ނޫނެވެ. 

މާލެ ސިޓީ ކައުންސިލަރ ސައިފް ނިކުމެ މާލޭ ރައްޔިތުންނަށް ކަނޑާދިން ގޯތިތައް ކޮބާ ހެއްޔެވެ. އެކަމެއް ނުވިދޯއެވެ. އަޅާ ނުލާށެވެ. މި ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތިވެސް ދޭނެއެވެ. އެކަން ކުރަނީ ސައިފް ފާތިހު ރުއްސާކަށް ނޫނެވެ. ހަތް މަސް ދުވަހުން ނިންމަން ބުނި އަމީނީ މަގު ނުނިމިގެން ތިޔަ އުޅެނީ ހަތްމަސް ވެގެން ހެއްޔެވެ. މަސައްކަތް އޮންނަން ވީ ހިސާބުވެސް އެގެން ޖެހެނީ ކެނެރީގޭ ކުދިންގެ ބޯއީއަށެވެ.

މާ މާލެވެގެން މާ ބޭފުޅުވެގެން ނަސްލީ އިމްތިޔާޒްގެ ގޮތް ކުރިއަށް ނެރެން ތިޔައީ ވަކި ކާކުހެއްޔެވެ. ކެނެރީގޭ މީހުންނާއި ފިކުރުދިރޭ މާލޭ މީހުން ނުރުހިފާ ތިިބުމަކީ މުޅި މާލޭ ރައްޔިތުންގެ ގޮތްކަމަށް ހީވަންޏާ ތިޔަ ހުރެވެނީ ހިނދު ކޮޅުގައެވެ. މާލެއަކީ ސައިފު ފާތިހުގެ މައިބަފައިގެ ތަރިކަ މުދާ ހެއްޔެވެ. ބަލަ މިހިރަ ގަމާރު ކައުންސިލަރެއް ދޮތައެވެ. 

ރައީސް ސޯލިހްގެ ޖަގަހަ ކެންޕެއިން މައި ޖަގަހަ ހުންނާނީ މާލޭ ގައެވެ. މާލޭގެ ބިންވެރިންގެ އެތައް ބަޔަކު އެތިބީ އެކަމަށް އެދިގެންނެވެ. އެމްޑީޕީގެ މައި ހަރުގެވެސް ހުންނާނީ މާލޭ ފަސްމަތީގައެވެ. ސައިފުމެން ކަހަލަ ގޮފަޅުންނަށް ވާނުވާ ނޭގި މާލޭ ރައްޔިތުންގެ ނަމުގައި ކިޔޭ ނުކިޔޭއެއް ނޭގެއެވެ. ތިޔަ ވަރުގެ ގަދަކަމެއް ހުރިއްޔާ ސައިފް ފާތިހުގެ ގަދަކަން ދައްކާލަ ބަލާށެވެ. ރައީސް ސޯލިހުގެ އެންމެ ޖަގައެއް ވެސް މާލޭގައި ހަދަން ތަނެއް ނުލިބޭވަރު ކޮށްލަބަލާށެވެ. ނުވާނެއެވެ. ތިޔަހެން ބޮކުބާރު ދެއްކޭނީ ފެންގަނޑުތެރޭގައި އޮވެއެވެ.

]]>
Thu, 01 Jun 2023 14:13:25 +0500 ހީރަސްނިއުސް
މެންބަރ ސައީދަށް: އެދުވަސް ހިނގައްޖެ! https://heerasnews.com/1470 https://heerasnews.com/1470

ތުރާކުނު ސައީދަށް ހިއުމަން ރައީޓްސް ފެންނަނީ ޔާމީނުގެ ކަމަކާ ލައިގަތީމައެވެ. ޔާމީނު ނޫން މީހުންގެ ދަރިންނެއް ޖީސީއީ އޯލެވެލް ހަދާ ކަމަކަށް ސައީދަކަށް ނުވެއެވެ. ޖީސީއީ އޯ ލެވެލް ހަދާ ދަރިއެއްގެ ބަފަޔަކު ޖަލު ހުކުމެއްގައި ޖަލުގައި ހުރިއްޔާ އެ ދަރީގެ ޖީސީއީ އިމްތިހާނުގެ ދުވަސްވަރު ޖަލު ހުކުމުގައި ހުރި ބަފާމީހާ ގެއަށް ބަދަލު ކުރީ ކޮން ޒަމާނެއްގައި ކޮންތާކު ހެއްޔެވެ.

ރައީސް ޔާމީނުގެ ދަރިއަކު ޖީސީއީ އިމްތިހާނު ހަނދަންޏާ ޖަލުގައި ހުރި ރައީސް ޔާމީނު ގެއަށް ބަދަލު ނުކޮށްގެން ހިއުމަން ރައިޓްސް ގެއްލިގެން ސައީދު ކުކުރާނެ ކަމެއް ނެތެވެ. ރައީސް ޔާމީނު ގެއަށް ބަދަލު ނުކުރިއްޔާ ތުރާކުނު ސައީދަށް މާ ރަނގަޅު ވާނެއެވެ. ރައީސް ޔާމީނުގެ އޯލެވެލް ހަދާ ދަރިއަށް ޓިއުޝަންދޭން ރައީސް ޔާމީނަށް ވުރެ ސައީދު މާ މޮޅުވާނެއެވެ. ރައީސް ޔާމީނުގެ ދަރިއަކާ އަޅުވައިގެން ޔާމީނު ގެއަށް ބަދަލުކުރުމުގެ ވާހަކަ ސައީދު ތިޔަ ދައްކަނީ ޔާމީނު ގެއަށް ބަދަލު ނުކުރުމުގެ ބޭނުން ސައީދުގެ އޮތްލެއް ބޮޑު ކަމުންނެވެ.

ކޮވިޑުގެ ހާލަތުގައި ރާއްޖޭގައި މަރުގެ ހާދިސާތަކުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ސައީދު ބުނެ މަޖިލީހުގައި އަނގަ ދިޔާ ކުރާއިރު ކޮވިޑް މެނޭޖު ކުރުމުގައި ދުނިޔޭން އެންމެ ކުރީގައި އޮތް އެއް ގައުމުގެ ގޮތުގައި ރާއްޖެ ފާހަގަ ވެގެން ދިޔަކަން ލޮލަށް މިރުސް އެޅިފައި ހުރިވަރުން ސައީދަކަށް ނޭގުނެވެ. ނުފެނުނެވެ.

މާ މޮޅު އެކޮނޮ މިސްޓަކަށް ވެގެން ދަތް ދިލުވާއިރު ކޮންމެ މަސައްތެއް ވެސް ބަޔަކާ ހަވާލު ކުރަނީ ވަކި މުއްދަތެއްގެ ތެރޭގައި އެކަމެއްކޮށް ނިންމުމަށެވެ. މަސައްކަތް ހަވާލު ވެގެން އުޅޭ ބަޔަކު މަސައްކަތް ކުރާނެ ގޮތް އެނގެން ޖެހެނީ މަސައްކަތް ކުރާ ބަޔަކާއި މަސައްކަތް ކުރުވާ ސަރުކަރާއި މަސައްކަތުގެ ފެންވަރު ބަލަަހައްޓަން ހަވާލު ކުރާ ބަޔަކަށް ވުރެ ބޮޑަށް ތުރާކުނު ރޯނު އެދުރަށެވެ. ވިލިމާލެ ބްރިޖުގެ މަސައްކަތް ކުރަން ވެސް ޖެހެނީ ސައީދާއި ބަޅުރުކުން ބުނާ ގޮތަށެވެ. ހޭ ކުޑަ ވުމުގައި ވެސް ބޮޑުވަރެވެ.

ރާއްޖޭގައި އޮތީއްޔާ އޮތް ތަނެއް ވިއްކާލައިގެން ދައުލަތް ދަވާލައިގެން ނިކުމެ ތިބެ ދަރަންޏޭ ކިޔާ އެބަ ކޯތަޅުވައެވެ. މަތިހަށި ނަގާ ތިޔަ ދައްކާ މެގަ ޕްރޮޖެކްޓް ތަކަކީ ހުސް ދަރަންޏެވެ. ބިލާދަރު ލޯނެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ ދެޓަވަރުން އެއްޓަވަރު ފެންފޮދަކާ ނުލާ ދިރުވާލި ބޮޑު ލޯނެކެވެ. ހުޅުމާލެ ބުރިޖަކީ ހަ ލޭނުން ދެލޭނު ދިރުވާލި ބިލާދަރު ދަރަންޏެކެވެ. ދައުރު ނިންމުން އިރުވެސް ތަރައްގީ ކޮށް ނުނިންމުނު ހުޅުމާލޭ ފޭސް ދޭއްގެ އަލިފާންފޮށި ޓަވަރު ތަކަކީވެސް އަތް ގުޅިނުކާ ބޮޑު ލޯނެކެވެ. ފޭސް ދޭކަކީ މަގެއް މިސްކިތެއް ފިހާރައެއް ސްކޫލެއް ބަހުގެ ހިދުމަތެއް ގާއިމުކޮށް ނުދީ ހާވާލާފައި އޮތް ހަޑިއެކެވެ. ޓަވަރު ތަކުގައި ރައްކާތެރި ކަމެއްނެތެވެ. ކޮންމެ ޓަވަރަކަށް އަރާފައިބާން ހުރީ ކުދިކުދި ފަސް ވަރަކަށް ލިފްޓެވެ. އަލިފާނުގެ ހާދިސާއެއް ފަދަކަމެއް ހިނގައިފިނަމަ އެތާ ދިރިއުޅޭ މީހުންނަށް އަނދާ ހުލިވުންނޫން އެހެންގޮތެއް ނެތް 25 ބުރީގެ ޓަވަރު ތަކެއް ހަދާފައި ދައުރު ނިމުންއިރު ވެސް ބަޔަކަށް ހިޔާވަހިކަން ނުދެވުނެވެ. 

ގެއްލުނު ވެރިކަމުގެ މަސްތުގައި ޑޮލަރޭ ދަރަންޏޭ ސާއީދު މެނަށް ކިޔޭލެއް މަދެވެ. މީސްމީހުންގެ ކަންފަތް މަތީގައި ޑޮލަރު ބޮނޑިތަކުން ތަޅާ ދޮޅި ކެނޑިފާ ތިބި ތާވަޅަ ތަކަކަށް މަޖިލިސް މެންބަރުން ހަދައިގެން އުޅުނު ހަނދާން ވީމާ ކުކުރޭނެއެވެ. އަސަރު ކުރާނެއެވެ. ސައީދޫ މަނިއްގަނޑާއެވެ. އެދުވަސް ހިނގައްޖެއެވެ.

]]>
Wed, 31 May 2023 10:36:40 +0500 ހީރަސްނިއުސް
މައުމޫނުގެ 30 އަހަރެއް ދެން ނުލިބޭނެ https://heerasnews.com/1456 https://heerasnews.com/1456 ބޭނުންފުޅުހާ ގޮތަކަށް ދިގު 30 އަހަރު މައުމޫނު ކުރެއްވި ކަސަބުން ޖަރީ ކުރި ވެރިކަން ލައްކަ ގާތުން ދުށް އެކަކީ ގާސިމެވެ. އެކަނި މޮހޮންމަދު ހޮޓާ ހިންގިހެން މައުމޫނަށް ސިފައިންގެ ހިންގައި ދިނީ ކާނަލް ނާޒިމާއި އަބްދުﷲ ރިޔާޒާއި ޢުމަރު ނަޞީރެވެ. ވެރިކަމާ ދިމާއަށް ލޮލުގެ ހިމަ ކޮޅުން ބަލާ ލިޔަސް އެ މީހެއްގެ ލޯބަހައްޓާފައި ބޯދުއްވާލީ މި ބަގައެވެ، 

މިހެން ތިއްބާ އެއަނިޔާއަށް ކެތް ނުވެގެން ނިކުތް ބަޔަކު އެމްޑީޕީ ކިޔާފައި ނިކުމެ ގަނޑުވަރު ހުއްޓާ މައުމޫނު ދުއްވާލާ ބޭނުން ބަޔަކު ޕާޓީ ހަދައިގެން ވެރިކަން ކުރެވޭ ގޮތް ހަދައިފިއެވެ. ހީކުރީ ދެންވެސް ވެރިކަން ކުރެވޭނީ މައުމޫނު ކުރި ގޮތަށް ކަމަށެވެ.

30 އަހަރު ބަލި ކުރަން މައުމޫނާ ދިމާއަށް އެމްޑީޕީ ގޮވީ ހިތަށް އެރި އެއްޗެކެވެ. އެގޮތަށް އެކަން ވީމާ މިއުޅޭ މީހުންނަށް ވެސް ހީވަނީ ވެރިޔަކަށް ހުންނަ މީހާއާއި ދިމާއަށް ހިތުހުރި އެއްޗެއް ގޮވީމާ އެއީ ތިމާމެންނަށް ވެރިކަން ލިބޭ ފޮމިއުލާ ކަމަށެވެ. އަދި ގައުމީ ހަމަ ކަމަށެވެ. ބަލަ އޭރު އެކަން އެހެން ކުރީ އެކަކު 35 އަހަރު ވެރިކަމުގައި ހުންނަން ނަގޫ ނެގީތީއެވެ. މިހާރު އެކަކަށް ގިނަވެގެން ހުރެވެނީ 2 ދައުރަށެވެ. ދިހަ އަހަރުއެވެ.

ކުޑައެއް ބޮޑެއް ތަފާތު ނުކޮށް ހުރިހާ ރަށެއްގައި މިހާރު ހިނގާ ކަންކަން އެކުގައި ނިންމާލުމަށް ރަށްފުށު މީހުން މިއަންނަ ސެޕްޓެމްބަރ 9ގައި އިބޫއަށް ބޯކޮށް ވޯޓް އަޅާ ހޮވާފާނެއެވެ. އެ ހިސާބުން އިބޫ ބޭނުން ވިޔަސް އަދި ހުރިހާ ރައްޔިތުން ރޮއެ ހޭރުނަސް އިބޫއަކަށް އިތުރު ދައުރަކަށް ދެން ރާއްޖޭގެ ވެރިކަމަކަށް ފުރްޞަތެއް ނުލިބޭނެއެވެ. 2028ގެ ފަހުން އިބޫ އަކީ ވެސް ކުރީގެ ރައީސް އެކެވެ. 

ޖެހިފައި މިތިބަ ބައްޔަކީ އެއްޗެހި ގޮވި ގޮވީނުން މައުމޫންގެ 30 އަހަރު ނިންމާލި ތަން ފެނުނީމާ ކޮންމެ ގޮލަޔަކަށް ވެސް ހީވަނީ ބޮޑުހާ ދޮގުތަކާ މޮޅުހާ ވާހަކަ ދެއްކީމާ ތިމައުރެން ދައްކާ ވާހަކަ ރައްޔިތުން ގަބޫލުކޮށް ވެރިކަން ދޭނެ ކަމަށެވެ.

އެއް އިރެއްގައި ވެސް ޗާގޯހަކީ ރާއްޖޭގެ އަތޮޅެއް ނޫން ކަމާއި އިންޑިއާ ސިފައިންގެ މީހަކު ރާއްޖޭގައި ނެތްކަން ދިވެހިން ދަނެއެވެ. އިންޑިއާ އައުޓް ކަސްރަތު ކްލާހަކަށް ބަދަލުވެ ލީޑަރު ފުއްގިރަން މާފުށީގައި އެއޮތީ ހަމަ އެކައުންޓް ފުރާ އެޅި ހަރާން ފައިސާ ގިނަ ކަމުން ކަން ދިވެހިން ދަނެއެވެ. 

ނާޒިމް ރަތްފުށް ޖަހައިގެން އައްޑަނައަށް އަތް ފޯރުވިޔަސް ގަނެފައި ހުރި އަނިޔާވެރި ގަނޑު އޮޅޭ ވަރަށް ދިވެހިން އަދި ގަމާރެއް ނުވެއެވެ.

ކޮންމެ އިންތިޚާބަކަށް ގައުމައިގެން ފުމެ އަރާ ގާސިމް ކޮވިޑް އައުމާ އެކު ފިލާ ރައްކާވިކަން ނޭނގޭ މީހަކުވެސް ނެތެވެ. 

މައުމޫނު ކައިރީގައި އުޅެ އެކަހަލަ ޖަރީ ކުރި ވެރިކަން ކުރެވޭތޯ އޭގެ އަވާގައި ނުކުމެ ތިޔަ ޖައްސާ ވަންނިތައް ދިވެހިންނަށް ސާފެވެ. މިހާރު ދެރަ ކަލޯ ދަރިވެސް ފުރަތަމަ ޑިގްރީ ހިލޭ ހެދޭގޮތް އިބޫ ހަދާ ނިންމާ ކުދިންތައް މޮޅު މުޅީން މޮޅުވެއްޖެއެވެ. ތިޔަ ޅޮސް އުނދޯލީގައި އަމިއްލައަށް ހެއްލިގެން ސެޕްޓެމްބަރ ނުވައެއްގައި ވާތާވާން ތައްޔާރުވާށެވެ.

]]>
Mon, 29 May 2023 11:29:34 +0500 ހީރަސްނިއުސް
ނަމުން ޑިމޮކްރަސީ & ކަމުން މުގާބޭ https://heerasnews.com/1419 https://heerasnews.com/1419 މީގެ ކުރިން ރަށްޔިތުންނަށް ފެންނަމުންދިޔައީ ކުރީގެ ރައީސް ނަސީދު އެއްފަޅިއެވެ. އެއީ އެ ބޭފުޅާ މަގުމަތީ އުޅުއްވާ ގޮތެވެ. ހަމައެކަނި ޕޯޑިއަމްތަކަށް އަރާ ދައްކަމުންދާ ވާހަކައެވެ. 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ކުރިމަތިލީ ރައީސް ނަސީދު ސިޔާސީ މައިދާނުގައި ހުރިކަމަށް ބަލައިގެނެއްނޫނެވެ.

ޑީލަކުން ޖަލުން ނިކުމެ ވަޑައިގެން ބޭހަށް ވަޑައިގެން އަމިއްލަފުޅަށް އަރުވާލެއްވިގެން ހުންނެވި ރައީސް ނަޝީދަށް އެނބުރި ރާއްޖެ ވަޑައިގެންނެވުމުގެ ސަބަބަކަށްވީ އެމްޑީޕީ އިސްވެ ހިންގާ ވެރިކަމެއް ރާއްޖެއަށް އައުމެވެ. ރައީސް ނަސީދު ކުރެއްވި ބޮޑުކުށަށް ވީގޮތެެއްވެ އެކަން ރައްޔިތުންގެ ހަނދާނުން ފުހެވުނެވެ. އަރުވާލެއްވިގެން ހުންނެވި ރައީސް ނަސީދުގެ އަސްލު ސިޔާސީ ސޫރައިގައި މަގުމައްޗައް ރައީސް ސޯލިހު ނެރެދެއްވިއެވެ. އެވަރުން ވެސް ނުފުދުނެވެ.

ބޭނުންފުޅުވެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވި ކޮންމެ މީހަކަށް ސިޔާސީ މަގަމު ދެއްވިއެވެ. ގިނަ ޕްރޮޖެކްތަކެއް ސީދާ އެ ބޭފުޅާ ބޭނުންވެ ވަޑައިގެން ގޮތަކަށް އޮޕަރޭޓް ކުރެއްވުމަށް ފުރުސަތު ދެއްވިއެވެ. ފުލޯޓިން ސިޓީ ހެދުން ފަދަ ބޮޑެތި އެތައް ޕްރޮޖެކްތަކެއް އެ ބޭފުޅާގެ އިހުތިޔާރަށް ދޫކޮށް ދެއްވިއެވެ. މަޖިލީހުގެ މެންބަރުކަމަށް ހޮވައިދީ، ދައުލަތު އެއްބާރު އެ ބޭފުޅާއާއި ހަވާލު ކުރެއްވިއެވެ. ދިވެހިރާއްޖޭގައި މުޅިން އަލަށް މަޖިލީހުގެ ރައީސަކަށް ހާއްސަ ގެކޮޅެއް ތައްޔާރުކޮށް ދެއްވިއެވެ. އަދި ރައީސަކަށް ނުލިބޭވަރުގެ ހައި ސެކިއުރިޓީ ދެއްވިއެވެ. އެމްޑީޕީ އިސްކޮށް އޮތް އިބުގެ ސަރުކާރުން ރައީސް ނަޝީދަށް ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ. ކުރުކޮށް ބުނާނަމަ ރައީސުލްޖުމްހޫރިއްޔާ ކަން ނުކުރަށްވާ ކަމެވެ. 

މަންޒަރު ބަދަލުވީ ވެރިކަމުގެ ބައިވެރިންނާ ދެކޮޅުވެރިވެ ވަޑައިގެން ކޯލިޝަން ޕާޓްނަރުން ބޭރުކޮށްލެއްވުމަށް ބޭނުންފުޅުވެ ވަޑައިގެން ހިސާބުންނެވެ. ސަރުކާރު ހިންގުމުގެ ބާރު ރައީސް ނަޝީދުގެ އަތްޕުޅު މައްޗަށް ފޮރޮޅާލެއްވުމަށް ފިޔަވަޅު ނެންގެވުމުން ރައީސް ސޯލިހުގެ އެއްބާރު ލެއްވުން ލިބި ވަޑައިނުގެން ހިސާބުންނެވެ. ބޮޑުވަޒީރުކަން ހޯއްދަވާ ދެއްވާ ރައީސް ސޯލިހު އެކަހެރިވެ ވަޑައިގަތުމަށް ދެންނެވުމުން އެކަމަށް އެއްބާރުލުން ނުދެއްވި ހިސާބުންނެވެ. ޕާޓީގެ ގުނަންތަކުން އެބޭފުޅާގެ މެޖޯރިތީ ގެއްލި އެ ބޭފުޅާއާއި އެ ބޭފުޅާގެ ޓީމް އިންތިހާބުތަކުން ބަލިވާން ފެށުމުންނެވެ.

ޑިމޮކްރަސީގެ ބައްޕައަށް ޕްރައިމަރީތައް ކަމަކު ނުދިއައެވެ. ވޯޓް ލެވުނު ގޮތާއި އިންތިހާބުތައް ބޭއްވުނު ގޮތްވެސް އެ ބޭފުޅާއަށް ކަމަކު ނުދިޔައެވެ. އެމްޑީޕީ އަކީ ގޯނި ގޯންޏަށާއި، ސިމެންތިގަށާ މެސިން ތަކަށްވެސް ޕްރައިމަރީގައި ވޯޓްލީ ފިސާރި މެންބަރުން ތަކެއް ތިބި ޕާރޓީއެކެވެ. އެމްޑީޕީ ޗެއަރޕާރސަން އިންތިހާބުގައިވެސް ބަލިވީ އެ ބޭފުޅާގެ ޓީމެވެ. އެހިސާބުން މުޅި މަސްރަހު ބަދަލުވިއެވެ.

"ތިމަންނަގެ ބާރު ނުހިނގާނަމަ ، ތިމަންނައަށް ވެރިކަމަށް ނާދެވޭނަމަ" އެމްޑީޕީގައި ވެރިކަން ބާއްވަން ވެސް ބޭނުންފުޅެއް ނުވިއެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވުނު ތާރީހީ ޕްރައިމަރީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވި ހިސާބުން މުޅި ސިޔާސީ މަސްރަހަށް ރައީސް ނަޝީދުގެ ހަގީގީ ސޫރަ ސާފުވިއެވެ. ރައީސް ނަސީދާ އެ ބޭފުޅާގެ ޓީމަށް ވެރިކަން ނޫން އެއްޗެއް ބޭނުމެއް ނޫނެވެ.

ކުރީގެ އެތައް ރައީސުންނަށް ތިރީސް އަހަރޭ ، މުގަބޭއޭ، ވިދާޅުވެ ޑިމޮކްރަސީގެ ނިވަލުގައި ހުންނެވި ރައީސް ނަޝީދަކީ ރައީސް ނަސިރާއި ރައީސް މައުމޫނާއި ރައީސް ޔާމީނަށްވުރެ ވެސް މުގާބޭކަން ބޮޑު ބޭފުޅެކެވެ. ރައީސް ނަޝީދާ އަޅާ ކިޔާލާނަމަ އެބޭފުޅުންގެ މުގާބޭކަމުގެ ބުރަދަން ރައީސް ނަޝީދާ އަޅާ ބަލައިފިނަމަ ހުވަނދަކަށްވެސް ނުވާނެއެވެ. އެހާވެސް މުގާބޭއެވެ. ވޯޓަކީ ދެނެވަޑައި ގަންނަވާ އެއްޗެއްވެސް ނޫނެވެ. ޕްރައިމަރީ އާއި އިންތިހާބުގައި ބަލިވުމަކީ ރައީސް ނަޝީދު ނޫން އެހެން އެންމެނަށް އޮންނަ ކަމެކެވެ. ރައީސް ނަޝީދު ނޫން މީހަކު ވެރިކަން ކުރުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ޕްރައިމަރީއަކާ ނުލާ ވެރިކަމަށް ކުފޫ ހަމަ އެހެން މީހަކު ރައީސް ނަޝީދު ނޫނީ ނެތެވެ.

ރައްޔިތުން ބާރުވެރި ކުރަން ނުކުތް މީހާއަށް މިވީ ކިހިނެތް ހެއްޔެވެ. މަންޑެލާ ހެދިގެން ޑިމޮކްރަސީގެ ބަޕައަވެގެން މިއުޅުނީ ވެރިކަމުގެ ދަހިވެތިކަމުގައިތާއެވެ. މުގާބޭވެސް ފަހުވަގުތު ފަހަތަށް ޖެހުނެވެ. އެކަމަކު އެންމެ ބޮޑު ޑިމޮކްރޭޓް މިވީ ވެރިކަމުގެ ބަގުޑި ނައްޓާލަން ބޭނުންނުވާ ޑިކްޓޭޓަރަކަށެވެ، 

]]>
Sun, 21 May 2023 20:16:08 +0500 ޒުރޫ
ނާޒިމަށް: ރައީސުން ވައްޓާލުމަކީ މާ ކުރައްވާ ހިތްވާ ކަމަކީތަ! https://heerasnews.com/1413 https://heerasnews.com/1413 ސިޔާސީ ޕާޓީ ހައްދަވައިގެން ރާއްޖޭގެ ވެރިކަމަށް ފައިނަންގަވައިގެން ކާނަލް ނާޒިމު އުޅުއްވާއިރު ގާނޫނު އަސާސީއެއް ގާނޫނެއް އެނގިވަޑައި ނުގަންނަވައެވެ. ސިޔާސީ ބޭނުމުގައިވެސް ކުރައްވަންވާނީ ކުރެއްވޭ ކަމެއްގައި ގާނޫނީ ހަމަލަމަ އޮތް ކަމެކެވެ. ނޫނީ ތިޔައުޅުއްވަނީ އެނގިވަޑައިގެން ހުންނަވާ ފިތުނަ އުފައްދަވާށެވެ. ތިޔަކުރައްވަން އުޅުއްވާ ކަމަކުން ގައުމަށްކަށް ރައްޔިތަކަށް ނާޒިމަކަށް ވަނެ މޮޅެއް ނެތެވެ. މީގެ ކުރިން ކުރެއްވުނު ކަމެއްގެ ސަބަބުން ބާގީ ލޭބަލް ނަމުގެ ކުރިންނާއި ނިތްކުރިން ތިޔަ އުޅުއްވަނީ ނުނެއްޓެވިގެންނެވެ. އަނެއްކާ ތިޔަ ޖައްސަވަން ފެއްޓެވީ އަނެއް ސަކަރާތެވެ. ވެރިކަމުގައި ތިއްބަވާ ރައީސުން ވައްޓާލެއްވުމަކީ މާ ކުރައްވާ ހިތްޕުޅުވާ ކަމަކީތާއެވެ.

ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އަޒަލް ކުރައްވަން ތިޔަ ކުރައްވަން އުޅުއްވާ ކަމަކުން ރައީސް ސޯލިހުގެ އިތުބާރު އޮތްކަން ނޫން ކަމެއް ސާބިތެއް ނުވާނެއެވެ. ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައި އޮތުމުން މަޖިލިސް ތެޅުން ބޭނުންކުރައްވައިގެން ކެންޕޭން ކުރައްވަން އިދިކޮޅާ ބައިވެރިވެ ވަޑައިގެން ކެނޑޭނީ މިފަހަރުވެސް މަނިކުފާނުގެ އޮފެވެ. އަދި 2028 އޮތީ ކުރިއަށެވެ. އެހެންނުނަސް ވާދަވެރި ކަމުގެ ނަމުގައި މީހުންގެ މަގުބޫލުކަން ހޯއްދަވާނީ ފިތުނަ އުފައްދަވައިގެނެއް ނޫނެވެ. ތިޔައިގެ ތެޜގައި ވެރިކަމައިގެން ނޫޅޭ އެކަކުވެސް އުޅެނީއެއް ނޫނެވެ. ތިޔަ އުޅުއްވަނީ ގައުމިއްޔަތާއި ވަތަނިއްޔަތުގެ ހައްގަކު ނޫނެވެ.

ހައްގުތެދެކެވެ. ބަޔަކު މީހުން ސިޔާސީ މަންފާ ހޯދުމަށް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އަޅުވަން އުޅޭ ހުތުރު ނަމުން އެ މަނިކުފާނު ރެކިވަޑައި ގަންނަވާނީ ވަރަށް ރީތިކޮށްކަން ކާނަލް ނާޒިމަށްވެސް އެނގިވަޑައިގަންނަވާނެއެވެ. އިދިކޮޅު އެއްވެގެން ތަޅަން އުޅޭ ނަކަހަކުން ރައީސް ސޯލިހުގެ މަގުބޫލުކަމެއް ގެއްލުވައެއް ނުލެވޭނެއެވެ. ހުޅުނބުފައިބާ ވަގިނެތޭނީ އިދިކޮޅުގެއެވެ.

ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަކަށް ގިނަ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އާއްމު ގިނަ މަސްވެރިންނަށް ނުކުރާބާރެއް ސިޔާސީންނަށް ކޮށްގެން އުޅެނީ ހިތުން މަސްވެރިން ސަރުކާރުދެކެ ވަރަށް ރުޅިއަރުވާ ލެވޭނެ ކަމަށް ހިތައެވެ. ގިނަ މަސްވެރިންނަށް ވާނުވާ އެނގެއެވެ. ދިވެހި މަސްވެރިން 75 މޭލު ބޭރުން މަސްވެރިކަން ކުރުމަކީ އަބަދުވެސް ގާނޫނު މަނާކުރާ ކަމެކެވެ. 75 މޭލު ބޭރުން މަސްވެރިކަން ކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެކަމަށް ހުއްދަދިނީ ރައީސް ޔާމީނުގެ ވެރިކަމުގައި ބޭރުގެ ކަނޑުކަހާ މަސްވެރި އުޅަދު ތަކަކަށް އެކަންޏެވެ. މިހާރަކުވެސް އޭގެ ކުރިއަކުން ވެސް އެނޫން ބަޔަކަށް އިގުތިސާދީ ސަރަހައްދުގެ 75 މޭލު ބޭރުން މަސްވެރިކަން ކުރުމަކަށް ދިވެހި މަސްވެރިންނަކަށް ހުއްދައެއް ނޯވެއެވެ. ދިވެހި މަސްވެރިންނަށް 75 މޭލުގެ ބޭރަކީ އަތުގާ އޮތް ރަންގަޑެކޭ ހިލަގަނޑެކޭ ތަފާތެއް ނެތެވެ. އިދިކޮޅުން ފަޔަށް ހިނިއަަރައިގެން އުޅޭ އުޅުމުގައި އިހުލާސްތެރިކަމެއް ނެތްކަން ހަމަ އެކަނި މިކަމުންވެސް އެމީހުނަށް އެނގެއެވެ.

އަނެއްކޮޅުން ރައީސް ސޯލިހު އަޒަލްކުރަން އުޅޭ އުޅުމުގައި ގާނޫނީ ހުއްޖަތެއް ވެސް ނެތެވެ. މި ސަރުކާރުން ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއް ވެސް ދޫނުކުރާކަން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި ރާއްޖޭގެ ސަރަހައްދު ވަރަށް ރަނގަޅަށް ބަޔާން ކޮށްފައި އެބައޮތެވެ. ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ގާނޫނުއަސާސީގައި ބުނާ ގޮތް މިއޮތީއެވެ. " ދިވެހިރާއްޖޭގެ ސަރަހައްދަކީ ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ." 

ރާއްޖޭގެ ސަރަހައްދީ ކަނޑަކީ ކޮބައިކަން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބުނާ ގޮތަކީ ގާނޫނު އަސާސީގައި ބުނާ " އާކިޕެލެޖިކަލް ބޭސްލައިން" ގެ އެތެރެއާއި ބޭސްލައިންގެ ބޭރުން 12 ނޯޓިކަލް މޭލުގައި ހިމެނޭ ޓެރެޓަރީއެވެ. އާޕިލަޖިކަލް ބޭސް ލައިނުން ފެށިގެން 200 ނޯޓިކަލް މެލެކޭ އެ ގާނޫނު ނުބުނެއެވެ. އެހެން ވީއިރު ރާއްޖޭގެ ސަރަހައްދުން ބައެއް ނަގާލައިފިކަމަށް ކުރެވޭ ދައުވައަކި ބާތިލު ދައުވާއެކެވެ. ފަހަރެއްގައި ވެސް ހާއްސަ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުގެ ބައެއް ނޫނެވެ. 200 މޭލުގެ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ އިގްތިސާދީ ބޭނުމަށް ބައިނަލް އަގުވަމީ ކަނޑުން ހާއްސަ ކުރެވިފައިވާ ސަރަހައްދެކެވެ. އެހެން ނޫނަސް އެއްވެސް ދިމާއަކުން ފުރިހަމަ 200 ނޯޓިކަމް މޭލު ރާއްޖެއަށް އޮންނާނީ އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދާ ފުށު ނާރާ ނަމައެވެ. 

ގައުމެއްގެ އިގްތިސާދީ ސަރަހައްދާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮތްނަމަ ހަދަން ޖެހޭ ގޮތްވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި އެބައޮތެވެ. ދިވެހިރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭ ގޮތުން އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމަންޓެއްގެ ދަށުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަށް އެ ޤާނޫނު ހުރަސް ނާޅާކަމަށް އެ ގާނޫނުގައިވެއެވެ. އެ ބީދައިން ރާއްޖޭގެ އުތުރުން އިންޑިއާ އާއި ސްރީލަންކާއާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ އެސަރަހައްދުގެ ފުށުއެރުން އެއްބަސްވުމެއްގެ ދަށުން ހައްލުކޮށްގެން ތިބޭތާ 46 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އޭރުއްސުރެ އެކަމާ ނުވާ ކަންބޮޑުވުމެއް މިއަދު މާބޮޑު ކަންބޮޑުވުމަކަށް ވެގެން އިދިކޮޅުން އުޅެނީ ކަނޑައެޅިގެން ފިތުނަ އުފައްދާށެވެ.

ރާއްޖެއާއި މޮރިސަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހަމަޖެއްސުން ގާނޫނާ ހިލާފުކަމަށް ބުނާ އެއް ސަބަބެއް ގޮތުގައި ފާހަގަކުރާ އެއްކަމަކީ އެ ނިންމުމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ބުނާ ބުނުމެވެ. ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އެބުނެދޭ އެތި ވަރަށް ސާފެވެ. އެ ގާނޫނުގައި ބުނަނީ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގެންނަ ބަދަލަކުން ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި އެބުނާ ރާއްޖޭގެ ސަރަހައްދަށް ( ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު) އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ. ރާއްޖޭގެ ސަރަޙައްދީ ކަނޑަކީ ބޭސްލައިންތަކުން ފެށިގެން ބޭރަށް 12 މޭލުގެ ކަނޑުގެ ސަރަހައްދުކަމަށް އެ ގާނޫނު ބުނެއެވެ. ބައިނަލް އަގުވާމީ ކަނޑުން ރާއްޖޭގެ އިގުތިސާދީ ބޭނުމަށް ހާއްސަކުރެވިފައިވާ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުގެ ބައެއް ނޫންކަން އެ ގާނޫނު ވެސް އެބަބުނެދެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ގާނޫނެއް ފާސްކޮށް ބަދަލެއް ގެންނަން ޖެހޭނީ ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްހަދާއި ބެހޭ ގާނޫނު ބުނާ ފަދަ ފުށުއެރުމުގެ ހާލަތެއް ނަމައެވެ. އެ ގާނޫނުގައި ބުނާ ގޮތުން އެ ހާލަތަކީ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގެންނަ ބަދަލަކުން ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަ ހާލަތެވެ. ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބުނާ ރާއްޖޭގެ ސަރަހައްދަކީ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، ބޭސްލައިންތަކުން ފެށިގެން 12 މޭލު ބޭރު ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. އެ ސަރަހައްދަށް ބަދަލެއް ނާންނަހާ ހިނދަކު މަޖިލީގެ 3/2 އަޣްލަބިއްޔަތު އެކަމަށް ހޯދާން ނުޖެހެނީ ގާނޫނު އަސާސީއާއި ރާއްޖޭގެ ގާނޫނތަކުގެ އެއްވެސް ތަނެއްގައި ހާއްސަ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުކަމަށް ބުނެފައި ނެތުމުންނެވެ.

މޮރިސަސްއާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއެރުން ހައްލު ކުރިކުރުމުގައި ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއް ވެސް ނުގެއްލޭއިރު ރައްޔިތުން މަޖިލީހުން ގޮތެއް ކަނޑައަޅާ ގާނޫނެއް ފާސްކުރަން ޖެހޭ ގާނޫނީ ހަމައެއް ނެތެވެ. މި ހުރިހާ ކަމެއް ރަނގަޅަށް އެނގިތިބެ ރައީސް އަޒުލްކުރަން އިދިކޮޅުން ނިކުމެ ރައީސްގެ އިތުބާރުބާރު އޮތްކަމަށް ސާބިތުކޮށްދޭން ތިކުރާ މަސައްކަތަށް ސާބަހެވެ.

]]>
Sun, 21 May 2023 16:37:10 +0500 ހީރަސްނިއުސް
ފިކުރެއްގެދިރުން ވެގެންދާނީ އަޑުގަދަ ވަހެއްނެތް ޖަމަލުފޮޑިއަކަށް https://heerasnews.com/1410 https://heerasnews.com/1410 ފިކުރެއްގެ ދިރުންވެގެން ދާނީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮ އަކަށެވެ. އެހެން އެއްވެސް މީހަކަށް ފުރުސަތުނެތް ރައީސް ނަޝީދުގެ ކަލްޓަކަށެވެ. ރައީސް ނަޝީދުގެ ވަށައިގެން އެނބުރޭ މަދު ބަޔެއްގެ މައްޗަށް އެކުލެވޭ ރައީސް ނަޝީދުގެ ބުމަރަކަށެވެ. ބައިވެރިންގެ ބަހަށްވުރެ ރައީސް ނަޝީދުގެ ބަސްގަދަ އެހެން ބައެއްގެ ބަސްނުވިކޭ އޮޑިއަކަށެވެ.

އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޓިކެޓް ލިބިގެން ރާއްޖޭގެ ރައީސްކަމަށް ނަޝީދު ހޮވިވަޑައިގަތުމުން ހިތްޕުޅަށް އަރާވަޑައިގެންހާ ގޮތަކަށް ކަންކަން ކުރެއްވުމުގެ ނަތީޖާއަކަށްވީ ދައުރު ހަމަ ނުކުރައްވާ ވެރިކަން ދޫކޮށްލެއްވުމަށް މަޖުބޫރު ވުމެވެ. ޖެހިގެންއައި ރިޔާސީ އިންތިހާބުގެ އެމްޑީޕީ ރިޔާސީ ޓިކެޓް 2013 ވަނަ އަހަރު އެރުވީ ރައީސް ނަޝީދަށެވެ. ވާދަކުރުމެއް ނެތިއެވެ. އެ އަހަރަކީ ރައީސް ނަޝީދުގެ ތަރި އެންމެ އުހުގައި ވިދި އަހަރެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔަގޮތުން މުޅި ޕާޓީއާއި ރައްޔިތުންގެ ގިނަ ބައެއްގެ ހަމްދަރުދީއާއި ތާއީދު އެމަނިކުފާނަށް ލިބިވަޑައިގެން އަހަރަކީ 2013 އެވެ. އެހެން ނަމަވެސް އެ މަނިކުފާނަށް އެ އިންތިހާބު ކާމިޔާބެއް ނުކުރެއްވުނެވެ. ވެވަޑައިގަތީ ފޭއްޔެވެ. 

2013 ގެ ހިތި ނަތީޖާއާއިއެކުވެސް ޕްރައިމަރީއަކާނުލާ ބާލިދިޔާއި ސިމެންތިގަށާ މެޝިނަށް ފެންނަ ނުފެންނަ ވޯޓުއަޅައިގެން އެހެން މީހަކާ ވާދަކުރުމަކާ ނުލާ 2018ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވީ ވެސް ރައީސް ނަޝީދަށެވެ. އޭރު އެ މަނިކުފާނު ހުންނެވީ ރަހީނު ކުރުމުގެ ކުށުގައި ޖަލު ހުކުމެއްގައެވެ. ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވެ އެ މަނިކުފާނަށް ވާދަ ކުރެއްވޭނެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވުމުން އެމްޑީޕީއަށް މަޖުބޫރުވީ އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓް ފުރޮޅާލާށެވެ. އުކުޅަހު ކޮންގްރެހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ފުރޮޅުނީ ރައީސް ސޯލިހުގެ އަތްޕުޅު މައްޗަށެވެ. ރައީސް ސޯލިހު ވެވަޑައިގަތީ ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަޔާތުގައި  ދެވަނަ ބުރަކަށް ވަޑައި ނުގެން ފުރަތަމަ ބުރުން ރައީސުލްޖުމްހޫރިއްޔާކަން ހޯއްދެވި ފުރަތަމަ ބޭފުޅާއަށެވެ. 

ރައީސް ސޯލިހު ހިންގަވަން ފެއްޓެވީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ވެރިކަމެކެވެ. ވެރިކަމުގެ އިސް ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ ރައީސްއަކީ ރައީސް ނަޝީދެވެ. ރައީސް ސޯލިހުގެ ކެބިނެޓްގެ އެންމެ ބާރުގަދަ މަގާމުތަކުގައި ތިއްބެވީ ރަޢީސް ނަޝީދުގެ ފުރިހަމަ ތާއީދާއެކު އައްޔަނު ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އެމްޑީޕީގެ މެންބަރުންނެވެ. އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެޓަރނީޖެނެރަލް އިބްރާހީމް ރިފްއަތާއި ދިފާއީ ވަޒީރު މާރިޔާ ދީދީއާއި މާލީ ވަޒީރު އިބްރާހީމް އަމީރާއި ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ފަދަ ބޭފުޅުންނެވެ. ފަހުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީ އަށެވެ. ސިޔާސީ އެހެނިހެން ގިނަ މަގާމްތަކާއި ސަރުކާރު ކުންފުނިތަކުގެ ގިނަ އެމްޑީންނަކީ ވެސް އެމްޑީޕީ ބޭފުޅުންނެވެ. މިހުރިހާ ބޭފުޅުންނަކީވެސް ސިދާ ރައީސް ނަޝީދުގެ ރުހުން ލިބިވަޑައިގެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. 

އަނެއްކޮޅުން ރައްޔިތުންގެ މަޖިލީސްގެ ރައީސްއަކީ ރައީސް ނަޝީދެވެ. ނައިބުރައީސްއަކީ އެމްޑީޕީގެ އިސް މެންބަރެއް ކަމުގައިވާ އީވާ އަބްދުﷲއެވެ. މަޖިލީހުގެ 65 މެންބަރުނަކީ އެމްޑީޕީ މެންބަރުންނެވެ. ރައީސް ނަޝީދުގެ ބަސްވިކޭ ވެރިކަމެއް އޮންނާނި މިހާކަށް ވަރަށެވެ. އެހެނެއް ކަމަކު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ނޫންކަމުން އެކަން ހަޖަމް ކުރައްވަން ރައީސް ނަޝީދަށް ފަސޭހަފުޅެއް ނުވިއެވެ. ކާމިޔާބު ފަސްއަހަރުގެ ދައުރެއް ރައީސް ސޯލިހު ފުރިހަމަ ކުރައްވައިފިއްޔާ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފާނެތީ އެކަން ރައީސް ސޯލިހަށް ވިޔަ ނުދެއްވަން ކުރެއްވެން އޮތް ހުރިހާ ކަމެއް ރައީސް ނަޝީދު ފެއްޓެވިއެވެ. ވެރިކަމުގެ ނިޒާމް ބަދަލު ކުރައްވައިގެން ނަމަވެސް ހިންގުމުގެ ބާރު ރައީސް ނަޝީދުގެ އަތްޕުޅުގެ މައްޗަށް ގެންނަވަން މަސައްކަތްޕުޅު ފެއްޓެވިއެވެ. 

ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ނިޒާމް ބަދަލުކޮށް ދެއްވުމަށް ރައީސް ސޯލިހުގެ އެއްބާރު ލެއްވުން ލިބިވަޑައި ނުގަތުމުން ސަރުކާރުގެ ތެރޭގައި ތިއްބެވި ރައީސް ނަޝީދުގެ ވަފާތެރިން މެދުވެރި ކުރައްވައިގެން ސަރުކާރު ބަދުނާމް ވާނެހާ ކަންކަން ކުރައްވަން ފެއްޓެވިއެވެ. ޕާޓީގެ އެތެރޭގައި އުފެދުނު ފިތުނަވެރި ވާދައިގެ ހުޅުގަނޑު ފަޅައިގެން ދިޔައީ ޕާލަމެންޓާއި ގައުމީ މަޖިލީހުގެ މެޖޯރިޓ ތާއީދު ރައީސް ނަޝީދަށް ގެއްލި ޗެއަރޕާރސަން އިންތިހާބުން ރައީސް ނަޝީދުގެ ކޮޅުބަލިވުމުންނެވެ. 

2023ގެ ރިޔާސީ ޕްރައިމަރީއާއި ހަމައަށް އައިރު ވާދަވެރިކަން ބޮޑުވެ ފިތުނައިގެ ހުޅުގަނޑުވަނީ ފަޅައިގެން ގޮސް ބޭރުވެފައެވެ. ހުތުރު ބައްޔަކުން ރަޢީސް ނަޝީދު ރިޔާސީ ޕްރައިމަރީން ބަލިވެ ވަޑައިގަތުމުން ޑިމކްރަސީގެ ހަމަތަކުގައި ޖެއްސެވީ ކޮޅުފައިންނެވެ. ބަލި ގަބޫލެއް ނުކުރެއްވުނެވެ. ފިކުރެއްގެ ދިރުމަކީ އިދިކޮޅަށް ވުރެ އިދިކޮޅު ބަޔަކަށްވެ އެމްޑީޕީއާއި ޑިމޮކްރަސީގެ ހުރިހާ އަސާސްތަކެއް މުގުރާލެއްވީއެވެ. އެންމެފަހުން ފިކުރެއްގެ ދިރުމުގެ މެންބަރުން ކޮޅު އެމްޑީޕީ ވަކިވެސް ކުރުވީއެވެ. މަޖިލީހުގެ ރައީސްކަން ގެއްލި ތިރި ގޮނޑިއަށް ފައިބާ ވަޑައިގަންނަވާނެ ހިތްވަރުފުޅު ނެތި ރައީސް ނަޝީދު އެމްޑީޕީގައި މަޑުކުރެއްވީއެވެ. 

ފުއްޕި ހަކުރުބޯން ނަށާ ގުނބޯތަކެއްގެ މިސާލަށް ފިކުރެއްގެ ދިރުމުގެ ނަމުގައި ބަޔަކު އެއްވެ ރައީސް ނަޝީދުގެ ގައިކޮޅަށް ހެޔޮވަރަށް ކޯޓެއް ފަހާދެނީއެވެ. ނުލިބުނު ޓިކެޓްގެ މަސްތުގައި ވާދަކުރާނޭ ޓިކެޓެއް ހޯދާދެނީއެވެ. ފިކުރުގެ ޓިކެޓްގައި ވާދަކުރައްވައިގެން ވެރިކަމަށް ރައީސް ނަޝީދަށް ވަޑައިނުގެނެވިއްޖެ ނަމަ ފިކުރެއްގެ ދިރުން ވެގެން ދާނީ އަޑުގަދަ ވަހެއްނެތް ޖަމަލު ފޮޑިއަކަށެވެ.

]]>
Sat, 20 May 2023 15:56:10 +0500 ހީރަސްނިއުސް
އިސްތިއުފާ ދީފާ ގެއަށް ކަނޑާލާ! https://heerasnews.com/1406 https://heerasnews.com/1406 ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރެއްވި 12 މެންބަރަކު އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ޕާޓީ އޮފީހަށް ފޮނުއްވެވި ސިޓީގައި ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ކުރިފުޅު މަތީގައެވެ. އެ މަނިކުފާނުގެ މޭޒުކޮޅު މަތީގައެވެ. އެ 12 މެންބަރުން އެމްޑީޕީން ވަކިވެ ވަޑައިގެންފިކަން އިއްޔެވަނީ ނޫސްކޮންފަރެންސެއް ބާއްވަވާ އާއްމުކޮށް އެ ބޭފުޅުން އަމިއްލަފުޅަށް އިއުލާނު ކުރައްވާފައެވެ. އެމްޑީޕީގެ ސެކެރެޓެރިއޭޓުން ވެސް އެކަންވަނީ ކަށަވަރު ކޮށްދީފައެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްއަށް އެމްޑީޕީން ރަސްމީކޮށް ވަނީ އަންގަވާފައެވެ. 

އެހެންނަމަވެސް އެމްޑީޕީގެ 12 މެންބަރަކު އެ ޕާޓީން ވަކިވެ ވަޑައިގަތް ކަމެއް މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. މަޖިލިސް ޖަލްސާގެ ބަހުސުގެ ވަގުތުގެ ތެރެއިން އެމްޑީޕީއަށް ކަނޑައެޅިފައިވާ ވަގުތުގެ ބޮޑުބައެއް ރައީސް ނަޝީދު ދެއްވީ އެ ޕާޓީން ވަކިވެވަޑައިގެންފައިވާ މެންބަރުންނަށެވެ. މަޖިލީހުގެ ގަވައިދާ ހިލާފަށެވެ. ރިޔާސަތުން ރައީސް ނަޝީދު ދެއްކެވި ހުއްޖަތަކީ އެމްޑީޕީ ވަކިވެ ވަޑައިގެން މެންބަރުން އަމިއްލަފުޅަށް އެކަން މަޖިލީހަށް ނާންގަވާހާ ހިނދަކު އެމްޑީޕީގެ ވަގުތުން ބައެއް އެ ބޭފުޅުންނަށް ދެއްވާނެ ކަމަށެވެ. 

އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން ޕާޓީގެ ހައްގަށް އަރާވަޑައި ގެންނެވޭނީ އެހާކަށް ވަރަށެވެ. އެމްޑީޕީގެ މެންބަރެއްގެ ކިބައިގައި ހުންނަން ނުޖެހޭނެ ކަމަށް އަސާސީ ގަވައިދު ބުނާ ހުރިހާ ސިފައެއް ރައީސް ނަޝީދުގެ ކިބައިގައި ވެއެވެ. އަމްދުން ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރައްވައިގެން ނުވާނެ ހުރިހާ ކަމެއް ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގާނޫނީ ތަރަހަ ފަހަނަ އަޅާ ރައީސް ނަޝީދު ހައްދުން ބޭރުވެ ވަޑައިގެންފިއެވެ. އެމްޑީޕީގެ ރައީސް ކަމަކަށް ވެސް ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަކަށް ވެސް މިހާރަކު ރައީސް ނަޝީދު ކުފޫ ހަމައެއް ނޫނެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމުން ރައިސް ނަޝީދު އިސްތިއުފާ ދެއްވުމަށް ވުރެ ރީތި އެއްވެސް ގޮތެއް މިހާރަކު ނެތެވެ. އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމާ ރިޔާސަތުން ތިރިގޮނޑިއަށް ވައްޓާލައްވަންދެން ހުންނެވުމަކީ ހުތުރު ކަމެކެވެ. 

އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެ ޕާޓއަށް އެ މަނިކުފާނު ނުދެއްވާ ގެއްލުމެއް ނެތެވެ. ޕާޓީ ބައިބައި ކުރައްވާ ފިކުރެއްގެ ދިރުން އުފައްދަވާ ޕާޓިން މެންބަރުންތަކެއް ޕާޓިން ވަކިކުރެއްވުމުގެ ރޫހު އުފެއްދެވިއެވެ. ޕާޓީގެ މެޖޯރިޓީއަށް އިހުތިރާމް ކުރެއްވުމެއްނެތި ޕާޓީގެ ގައުމީ މަޖިލީހާއި ޕާލަމެންޓްރީ ގުރޫޕާއި ކޮންގްރެސްގެ ނިންމުންތައް ގަބޫލު ނުކުރައްވާ ބޮލާލާ ޖެއްސެވިއެެވެ. ބަލި ގަބޫލު ނުކުރައްވާ އާއްމު މެންބަރުން އިންތިހާބުކުރި ރިޔާސީ ކެންޑިޑޭޓް ބަލައެއް ނުގެންނެވިއެވެ. ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވިޔަ ނުދޭން ކުރެއްވެން އޮތް ހުރިހާކަމެއް ގެންދަވަނީ ފާޅުގައި ކުރައްވަމުންނެވެ. މިވަރު ވީމާވެސް އެ މަނިކުފާނަކީ ޕާޓީގެ ރައީސް ކަމަށް ބަލައިގެން މެންބަރުން ތިބެން ވީހެއްޔެވެ.

ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެން ހުންނަވާ ބޭފުޅެއްގެ އަމަލުފުޅު މިހާވަރަށް ހުތުރުވެ ގޮތްފޮތް ނެތުނީމާ ޖެހިވަޑައި ގަންނަވާނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާށެވެ. އިސްތިއުދެއްވާފައި ގެއަށް ވަޑައިގަންނަވާށެވެ. ހުތުރު ގޮތަކަށް ބޭރުކޮށްލުމުގެ ކުރިންނެވެ.

]]>
Thu, 18 May 2023 16:29:31 +0500 ހީރަސްނިއުސް
ނަޝީދަށް ވެސް މައުމޫނަށް ޖެހުނު ދަތުރު ޖެހިއްޖެ https://heerasnews.com/1401 https://heerasnews.com/1401 ހަނދާނަށް އަންނަނީ ޕީޕީއެމް ތެރެއިން މައުމޫނު ބާކީވެގެން ދިޔަގޮތެވެ. ތިޔައީޒައީމޭ ކިޔައިގެން ލަވަކީ ކުދިން ޔާމީނުގެ ފަހަތައްއަރާ އެކީ އެކައްޗަށް މައުމޫނު ބާކީ ވެގެން ދިޔަ ދުވަހެވެ. ރަންތިރީހުގެ ތާއީދު އުމުރަށް އޮންނާނެކަމަށް މައުމޫނުވެސް ހީކުރިއެވެ. ޕީޕީއެމް ދޫކޮށް މައުމޫނު ޕާޓީއެއް ހަދަންޏާ ލައްކަ މީހުން ގުޅޭނެކަމަށް މައުމޫނު ހީކުރިއެވެ. އާހިރުގައި މިހާ ދުވަސް ވީއިރުވެސް މައުމޫނުގެ އެމްއާރުއެމަށް ތިންހާސް ހަމަކޮށް ނުލެވުނެވެ. އެމްއާރުއެމަކީ މިހާރު ނަންބޯޑެކެވެ. ކުރެވޭހާވެސް ކަމަކީ އުފެދޭ ސަރުކާރަކުން ބައި ހޯދުމެވެ.

ހިތްތަކުގެ ރަސްގެފާނަށް ވެގެން އުޅޭ ނަޝީދަށް ވެސް މިޖެހެނީ އެހާލެވެ. ޑިމޮކްރަސީގެ ބައްޕަ ހެދިގެން ވެރިކަން ނޫންކަމެއް ބޭނުންނުވެ އެންމެ ފަހުން މަގުމަތި ވަނީއެވެ. މާ ހައިބަވެތިކަމެއް ހުރިކަމެއް ދެކެވިގެން އުސޫލެއް ހަމައެއްނެތި އުޅެގަތްގަތީނުން އެމްޑީޕީގައި ލިބިއޮތް ބާރުތައް ލޮދި ހިކައެއްހެން އަތުތެރޭން ދެމިގަތީ ބަލަބަލާ ތިއްބައެވެ. ތިމާ ނޫން އެންމެން ވަގުންނަށް ހަދާ ފުރައްސާރަ ނުކުރާ ވަކިމީހަކު ނެތި އުޅެ އުޅެހުއްޓާ ކައިރީގައި ތިބި ގިނަ ބަޔަކު ފެއަށްޖެހި މަދު ބަޔަކާއެކު ބާކީވީއެވެ. ގަދަކަން ލިބޭނެކަމަށް މެޖޯރިޓީގެ ނިންމުން ގަބޫލުނުކޮށް ފުރަތަމަ ހެދީ ފެކްޝަނެވެ. ހިފަހައްޓައެއް ނުލެވުނެވެ. ފައިކައްސާލައިގެން ގޮސް ޖެހުނީ ގާސިމު އުގަށެވެ. 

ގާސިމް ހަރަދުކޮށްގެން ބަރުލަމާނީ ގެނެސްދީ ބޮޑުވަޒީރުކަން ހޯދާ ނުދޭނެހެން ހީވުމުން ލައްގަނެވޭތޯ ބެލީ ޔާމީނު ގައިގައެވެ. ވަގުތުގެ ޖަޒްބާތުގައި ޕީޕީއެމް ކުދިން ހީލާ ވާހަކަ ދެއްކިޔަސް ނަޝީދު ވެރިކަމަށް އަޔަނުދޭނެކަން ރަނގަޅަށް އެގޭނެއެވެ. ޔާމީނު ނެތްތާކު ނަޝީދު ބައިވެރިވެގެން އުފައްދަން އުޅޭ ސަރުކާރަކަށް ވެސް ޕީޕީއެމް މީހަކު ވޯޓެއް ނުދޭނެކަން މެންދުރުގެ އިރުހެން ސާފުކޮށް އެންމެނަށް އެނގެއެވެ. އެންމެ ފަހުން އަރާނެ ގެ ހުސްވީއެވެ. ޒަމާންވީ މިތުރުގެ ފަހަތަށް އަރައިގެން ހުންނާނެ ހިތްވަރެއް ނެތެވެ. އެއަށްވުރެ ބޮޑަލެވެ. މަވެއްޗެވެ. 

ޖަހާހާ ކުޅިއެއް ބަލަން ނުތިބެ ފިޔަވަޅު އަޅާ ބޭރުކޮށްފާނެ ކަމުގެ ބިރުގައި ފަހަތުގައި އެނބުރޭ މަވެތި ބައިގަނޑު އެމްޑީޕީ ދޫކޮށް ލީއެވެ. ހިތުން މޮޅުތަކެއް ވާނޭކަމަށް ހިތައެވެ. ލައްކައެކޭ ހީވާކަހަލައެވެ. މުށުން ދޫވި ގުމްރީއަށް އެމްޑީޕީވީއެވެ.

ޓިކެޓް ދޭނެ ބަޔަކު ނުވެގެން އެންމެފަހުން އަމިއްލަ ޕާޓީއެއް ހަދައިގެން ރިޔާސީ އިންތިހާބަށް ނިކުންނަށް ނިންމީއެވެ. ތިމާނޫން މީހަކު ވެރިކަން ކުރަން ނޭދެންޏާ ވީބަޔަކާއެކު ޕާޓީއެއް ހަދައިގެން ވާދަކުރުމަށް ވުރެ ރަނގަޅު އެއްވެސް ގޮތެއް ނަޝީދަކަށް ނެތެވެ. ރަނގަޅަށް ތިމާގެ ސައިޒު އެނގޭނީ އޭރުންނެވެ. މައުމޫނަށް ވީވަރު ވެއްޖެއްޔާވެސް ރަނގަޅެވެ. މައުމޫނުވެސް އުފެދޭ ސަރުކާރު ތަކުން ބައިހޯދައެވެ. 

]]>
Wed, 17 May 2023 18:26:18 +0500 ހީރަސްނިއުސް
ނަޝީދަށް އެމްޑީޕީ ހިސޯރުކުރެވުނު ދުވަސް ހިނގައްޖެ https://heerasnews.com/1392 https://heerasnews.com/1392 އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވައިއިގެން އެތައް ހާސް ބައެއްގެ ހައްގު ހިސޯރުކުރެއްވޭނެ ކަމަށް ހީފުޅު ވަނީ ހެއްޔެވެ. ޕާޓީގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކާ އިހުތިޔާރުތައް އެމްޑީޕީގެ އަސާސީ ގަވައިދުގައި ސާފުކޮށް އެބައޮތެވެ. އޭގެ ބޭރުން ރައީސް ނަޝީދެއް ކަމަކު ކަމެއް ނުކުރެއްވޭނެއެވެ. ރައީސް ކަމުގައި ހުންނަވައިގެން ޕާޓީގެ ޓިކެޓްގައި ހޮވިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ޖެއްސުން ކުރެއްވުމާއި ޕާޓީގެ ތެރެއިން ފިއްތުއްތައް ފިއްތަވާކަށް އެމްޑީޕީގެ އަސާސީ ގަވައިދު ހުއްދައެއް ނުކުރެއެވެ. 

އެމްޑީޕީގެ އާއްމު މެންބަރުން އިންތިހާބު ކޮށްފައިވާ ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް ޕާޓީގެ ރައީސް އަމަލު ކުރެއްވުމަކީ ވެސް ގާނޫނާ ހިލާފު ކަމެކެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ފަހު ޕާޓީގެ ސިޔާސީގެ ނަމުގައި ސިޔާސީ އެއްވެސް ނިންމުމެއް ނިންމޭނީ ރިޔާސީ ކެންޑިޑޭޓަށް ކަމަށް އަސާސީގަވައިދުގައި ބުނެއެވެ. ޕާޓީގެ ރައީސަށް ވެސް ޕާޓީގެ ނަމުގައި ސިޔާސީ އެއްވެސް ކަމެއް ކުރެއްވޭނީ ރިޔާސީ ކެންޑިޑޭޓް އަންގަވާ ގޮތަކަށެވެ. ކުރެއްވޭނީ ރިޔާސީ ކެންޑިޑޭޓް އަންގަވި ކަމެކެވެ. 

ކުރިއަށް ދައުރަށް އެމްޑީޕީން ކަނޑައަޅާފައިވާ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހެވެ. ރައީސް ސޯލިހުގެ ރިޔާސީ ނިންމުން ތަކަށް ހުރަސްއަޅާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ ބާރެއް ނޫނެވެ. ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވީ އާއްމު މެންބަރުންނެވެ. ގައުމީ މަޖިލީހާއި ޕީޖީ ގްރޫޕާއި ކޮންގްރެސްގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އޮތީ ރިޔާސީ ކެންޑިޑޭޓަށެވެ. ޕާޓީގެ ކޮމެޓީ ތަކުގެ މެޖޯރިޓީ ތާއީދު އޮތީވެސް ރިޔާސީ ކެންޑިޑޭޓާއި އެކުގައެވެ. ރައީސް ނަޝީދަށް އެމްޑީޕީގެ މެޖޯރިޓީ ނިންމުންތަކާ ދެކޮޅަށް އާއްމުކޮށް ބަސް ވިދާޅުވެ އަމަލު ކުރެއްވުމަކަށް އެމްޑީޕީގެ އަސާސީ ގަވައިދު ތަނެއް ނުދެއެވެ.

ރައީސް ނަޝީދުގެ މަސްލަހަތުގައި އެމްޑީޕީގެ ނައިބުރައީސް މުހައްމަދު ޝިފާޒް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީ ވާގިނައްތާ ލެއްވޭނެ ކަމަށް ހީފުޅު ކުރައްވަންޏާ އެއީ ވަރަށް ބޮޑު ކުށްހީ ފުޅެކެވެ. ފިޔަވަޅު އަޅާ ކޮމެޓީގެ ޖަލްސާ ބޭއްވޭނީ މުގައްރިރަށް އެކަނި ނޫންކަން ގަވައިދުން ސާފެވެ. ފިޔަވަޅުއަޅާ ކޮމެޓީގެ ބައްދަލުވުން ތަކަށް ދަންނަވަން އެދުމުން ކޮމެޓީއަށް ނުދަންނަވައިގެން ބޮޑު ޕާޓީއެއްގެ މަސްލަހަތު އެންމެ މެންބަރެއްގެ ފައިދަށު ލައިގެން ހުންނެވޭ ގޮތަށް ޕާޓީގެ ކަންކަން އިންތިޒާމުވެފައި ނޯންނާނެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ރައީސް ނަޝީދަށެވެ. 

ފިޔަވަޅު އަޅާ ކޮމެޓީގެ ޖަލްސާއަކަށް ގޮވާލުމުން މުގައްރިރު ހާޒިނުވިޔަސް ކޮމެޓީގެ މެޖޯރިޓީ މެންބަރުންނާއެކު ނައިބު މުގައްރިރަށް ޖަލްސާ ކުރިއަށް ގެންގޮސް ކަންކަން ނުނިންމޭ ގޮތަށް އެއްވެސް ކަމެއް އެމްޑީޕީގައި ހަމަޖެހިފައެއް ނުވެއެވެ. ކޮމެޓީތަކުގެ ޖަލްސާތަކަށް މެންބަރުންނަށް ނުދަންނަވާ އެއްވެސް އެއްވެސް ކޮމެޓީއެއްގެ އެއްވެސް ޖަލްސައެއް އެމްޑީޕީއަކުން ނުބާއްވައެވެ. ފިކުރުގެ ދިރުމުގެ އިދިކޮޅު ހަރަކާތަށް ފިޔަވަޅު އަޅަން ވިޔަސް ފިޔަވަޅުއަޅާ ކޮމެޓީން މިހާރު ފިޔަވަޅު އަޅާނީ ވަގަށް ސިއްރަކުން ނޫނެވެ. ހަމަޔާ އުސޫލުންނެވެ. ޝަރީއަތުން ވެސް ނިންމުން ބަދަލު ނުކުރެވޭހާ ހަރުދަނާ ކޮށެވެ. އަބަދު އެންމެން ގުނބޯ ހައްދަވައިގެން އަސާސީ ގަވައިދަކީ ނަޝީދުކަމަށް ހީފުޅުކުރައްވައިގެން ބޭނުންފުޅު ކަމެއް ބޭނުންފުޅު ކަމެއް އެމްޑީޕީގެ ނަމުގައި ނަޝީދަށް ކުރެއްވުނު ދުވަސް މާޒީވެއްޖެއެވެ.   

]]>
Tue, 16 May 2023 16:12:06 +0500 ހީރަސްނިއުސް
ކަނޑުވިއްކާ ނަމުގައި ވައިނޮޅީގައި ދަތްއަޅާ އިއްތިހާދު https://heerasnews.com/1383 https://heerasnews.com/1383

ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ދައްކާނެ ވާހަކަ ހުސްވެ ޔޯލަޔޯލަ ވާހަކަ ދައްކާ ދައްކާ އޮތް އިތުބާރުވެސް އިދިކޮޅަށް ގެއްލި ހުސްވަނީއެވެ. ޗާގޯސްގެ ވާހަކަ ގޯހަކަށްވެ މުޅި ވާހަކަ ބަދަލު ކޮށްފިއެވެ. ރާއްޖެއިން ކަނޑުގެ ސަރަހައްދުން ބައެއް އިންޑިއާއަށް ވިއްކާލިކަމަށް ކަމަށް ބުނެ ބުހުތާން ދޮގު ވާހަކައެއް އަނެއްކާ ފަޅާލައިފިއެވެ. އިރަކު ގޮތަކަށް ދެއްކޭ ނުދެއްކޭ ވާހަކަ އެނގެނީއެއް ނޫނެވެ. 

ޗާގޮސްއާއި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބައެއް ފުށުއަރާ ކަމަށް އިދިކޮޅުން އެއްބަސް ވެސް އެބަވެއެވެ. ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ވެސް އިދިކޮޅުން އެބަބުނެއެވެ. ހާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރައިފިނަމަ ދެފަރާތް އެއްބަސްވާ ގޮތަކަށް ފުށުއަރާތަން ބައިކުރުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކާބެހޭ ގާނޫނު ބުނެއެވެ. ރާއްޖެއާއި މޮރިޝަސްއާއި ދެ ގައުމުގެ ސަރުކާރުން އެއްބަސްވާ ގޮތަކަށް ބަހާލަން ރާއްޖޭގެ ގާނޫނު ހުރަހެއް ނާޅައެވެ. ފައިސާ ނަގައިގެން ކަޑުވިއްކާލާނެ ނަމަ އެއްބަސް ވުމެއްގެ ދަށުން ކަނޑު ވިއްކާ ލެވުނީހެވެ. މާ ލުއިކޮށް ދޮންކަޅު އަންގާނުލާ އެއްބަސް ވުމަކުން ކޮށްލެވެން އޮއްވާ ދުނިޔޭގެ ކޯޓަކަށް ގޮސްގެން ދެގައުމުން ބޮޑެތި ހަރަދާއި ވަގުތު ބޭކާރު ކޮށްގެން ކަނޑު ވިއްކަންވީ ކީއްކުރަން ހެއްޔެވެ. އެގޮތަށް އެކަން ނުކޮށް ދިވެހި ސަރުކާރުން ހިފެހެއްޓީ ކަނޑުން އިންޗިއެއްވެސް ދޫކޮށްލަން ދިވެހި ސަރުކާރު ބޭނުން ނުވާތީއެވެ. މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އިގުތިސާދީ ސަރަހައްދީ އިމުގެ މައްސަލައެއް ނެތްކަމަށް ބުނެ އެގޮތުގައި ހިފެހެއްޓީ އެހެންވެއެވެ. ރާއްޖޭން އެކަމުގައި ފުކެއްވެސް ދުލެއް ނުކުރެއެވެ.

ރާއްޖެން ދޫ ނުދިނުމުން އެންމެ ފަހުން ފުށުއެރުން ހައްލުކުރުމަށް މޮރިޝަސްއިން ދިޔައީ އދ ގެ ކަމާ ބެހޭ ޓްރައިބިއުނަލް އިޓްލޮސްއަށްކަން ސާފުކޮށް އެނގެއެވެ. އިޓްލޮސްގައިވެސް ރާއްޖޭން ފުރަތަމަ ދެމެހެއްޓީ އެސްޓޭންޑެވެ. ރާއްޖޭން އެ ގޮތްދޫކުރަން ޖެހުނީ ދުނިޔޭގެ ކޯޓުގެ ލަފަޔަކަށް އދ މަޖިލީހުގެ އާއްމު ޖަލްސާއަކުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެން ވާކަމަށް ފާސްކުރި ކުރުމަކާ ގުޅިގެން ކަޑުގެ ސަރަހައްދުތަކުގެ އިމާ ބެހޭ އދ ގެ ޓްރައި ބިއުނަލް (އިޓްލޮސް)އިން ޗާގޯގަކީ މޮރިސަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ގަބޫލުކޮށް ބަލައިގަތުމުންނެވެ. ރާއްޖެއާއި މޮރިޝަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮތްކަމަށް ބަލާ ޝަރީއަތް ހިންގަން ފެއްޓުމުން ރާއްޖޭން ޖަވާބުދާރީ ވާންޖެހި ދުނިޔޭގެ ގާނޫނުތަކަށް ބޯލަނބަން ޖެހުމުންނެވެ. އެހިސާބުން ވެސް ދުލެއްނުދީ ދިވެހިސަރުކާރުން ހިފެހެއްޓީ ލިބެން އޮތް އެންމެ ބޮޑުސަރަހައްދެއް ހޯދޭނެ ގޮތަކަށް ހޯދުމަށެވެ. ނަތީޖާއަކަށްވީ ދިވެހި ސަރުކާރުން ވަކާލަތު ކުރިގޮތަށް ފުށުއަރާ ސަރަހައްދުން ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ހުކުމް ކުރުމެވެ. ފުށުއަރާ ސަރަހައްދު ބައިކުރުމުގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ސާފުވެފައި ރާއްޖެއަށް ފައިދާ ބޮޑެވެ.

ކަނޑު ވިއްކާލިކަމަށް ހަދައިގެން ބަޔަކު މީހުން ނިކުމެ ޗަރުކޭސް ކުޅެނީ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތުމުން ކަން ނޭނގޭ ކުޑަކުއްޖެއް ވެސް ނެތެވެ. މޮރިޝަސްއާއި ރާއްޖެއާ ދެމެދުން ފުށުއަރާ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން އދ ގެ ކަމާ ބެހޭ ޓްރައިބިއުނަލް އިޓްލޮސްގެ ފަނޑިޔާރުން ވަކިކޮށްދިން ވަކިކުރުމަކީ ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބައެއް ވިއްކާލުން ކަމަށް ސިފަކުރާ ބަޔަކީ އދގެ ހުކުމްތައް ވެސް ގަބޫލު ނުކުރާ ބަޔަކީތާއެވެ. ކަނޑުން ބައެއް ވިއްކުމާ ދެކޮޅު އިއްތިހާދޭ ކިޔައިގެން ސައިބޯނި ބޮކި އެރުވިސް އިސާހިތަކު ތިކަންވެސް ނިމިދާނެއެވެ. ޗާގޯސް ވާހަކައާއި އިންޑިއާ އައުޓްވެސް ނިމުނު ގޮތަށެވެ. ހަރާން ހުކުން މުޒާހަރާ ތަކާ އެއްގޮތަށެވެ. 

އެކަމަކު ބުނަން ހެއްޔެވެ. އިއްތިހާދު ހަދައިގެން އަޅި ބުރުވަ ބުރުވާފައި ލަހެއްނުވެ ފެންނާނީ އެކަކު އަނެކަކަށް ވައިނޮޅީގައި ހިފާތަނެވެ. ދޮންޖޭމު އުމަރާއި މުނައްވަރަށް ވެސް ރިޔާސީ ކެންޕޭން ކުރެވޭނީ ތިޔަ ކަހަލަ ގޮތަކަށެވެ. ރައްޔިތުންގެ ގިބަޔަކު ތިބީކީ ތިޔަބޭފުޅުންނާ ކޯލިޝަން ހަދާ ގޮތަކަށް ނޫނެވެ. 

]]>
Mon, 15 May 2023 10:51:18 +0500 ހީރަސްނިއުސް
ޗާގޯސް އާއި މަލިކު ހިފަނީތަ! https://heerasnews.com/1379 https://heerasnews.com/1379

ފޯޅަވައްސާއި މަލިކު ދިވެހިރާއްޖޭގެ ސިޔާދަތުގެ ތެރެއަށް ގެނައުމަށް މަސައްކަތް ކުރުމަށް ރާއްޖޭގެ މަތީ މަރުހަލާ ކޯޓެއްގެ ފަނޑިޔާރަކު ގޮވާލާކަމަށް ހަވާލާދީ ރާއްޖޭގެ ނޫހަކުން ރިޕޯޓްކުރުމުން އަންތަރީސް ވެއްޖެއެވެ. ފަނޑިޔާރަކު ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނަށް އިލްތިމާސްކުރެއްވި ކަމަށް ބުނެ ރިޕޯޓްކުރާއިރު ކަމުގެ ނުރައްކާތެރި ކަމާމެދު ކުޑައިކޮށްވެސް ވިސްނާނުލައެވެ. 

ނޫހުން ހަވާލާދެނީ އާދައިގެ މީހަކާ ނޫނެވެ. މަތީ ކޯޓެއްގެ ފަނޑިޔާރަކާއެވެ. އެވަރު ވާހަކައެއް ފަނޑިޔާރަކު ދައްކަވައިފިނަމަ އެއީ ދުނިޔޭގެ ގާނޫނުތަކާއި ޒަމާނުއްސުރެ ރާއްޖެއިން ގަބޫލުކޮށްގެން ތިބި ހަމަތަކާ ހިލާފަށް ހަނގުރާމަ އިއުލާނުކުރުން ފަދަ ކަމެކެވެ. ހީއަކަށްވެސް ސަމަސާއަކަށްވެސް ދައްކަންވާނީ ދައްކަންވާ ވަރުގެ ވާހަކައެވެ. 

އަޖައިބެއް ނުވާނެހެއްޔެވެ. މައްކާއާއި މަދީނާ އަދި މަސްޖިދުލް ޢަޤުޞާއާއި އެތަންތަނުގެ ވަށައިގެންވާ ސަރަހައްދު ހިމާޔަތް ކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަން ނޭނގިގެން އުޅެނީ ކާކަށް ހެއްޔެވެ. ރާއްޖެއަކީ މައްކާއެއް މަދީނާއެއް ނޫނެވެ. ކަނޑުންވެސް ބިމުންވެސް ރާއްޖެއާއި މައްކާ މަދީނާ ގުޅިފައެއް ނެތެވެ. އިސްލާމުންގެ ބިންތައް ހިމާޔަތްކޮށް ރައްކާތެރި ކުރަން އިސްލާމް ދީނުގައި އަންގަވާފައި އޮތް ގޮތަކީ ސިޔާސީ ހަސަދައިން ފޯވެގެން ތިބި ބަޔަކު ސިޔާސީ ބޭނުމަށް ދައްކާ ޒާތުގެ ވާހަކައެއް ނޫނެވެ. މިއަދު އިސްލާމީ އުންމަތަކީ ވަކިވަކި ސިޔާދަތުތަކެއްގެ ގޮތުގައިވާ ވަކި ވަކި ގައުމުތަކަކާއި ޖަމާއަތްތަކެވެ. 

މިއަދަކީ ބާބޭރިއަނުންގެ ޒަމާނެއް ނޫނެވެ. ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކުރެވޭ ޒަމާނެއް ނޫނެވެ. ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ސިޔާދަތާއި ސަރަހައްދާ މިނިވަންކަމާ ދިފާއުކުރަން މަސައްކަތް ކުރާނެ ހަމަތަކަކާއި އުސޫލުތަކެއް އޮވެއެވެ. ރައްޔިތުން އެކަމާ މަތިކޮށްފައި ބަޔަކު ތިބެއެވެ. ބަޔަކު ހިތައް އެރީމާ ހިތައް އެރިކަމެއް ހިތައް އެރިގޮތަކަށް ކުރާކަށް އަދުގެ ދުނިޔެއަކު ފުރުސަތެއް ނެތެވެ. ބާރާއާރު ހުރެގެން ކަންކަން ވާނަމަ މިއަދު ފަލަސްތީނެއް ނުއޮތީހެވެ. ޔޫކްރެއިނެއްވެސް ނުއޮތީހެވެ. ކަޝްމީރެއްވެސް ނުއޮތީހެވެ. އަދުގެ ދުނިޔެއަކީ ގުޅި ލާ މެހިފައި އޮތްތަނެކެވެ. 

އިރެއްގައި މަލިކަކީ ދިވެހި ރާއްޖޭގެ ބަޔަކަށް ވެދާނެއެވެ. އެކަމަކު މިއަދު މަލިކަކީ ރާއްޖޭގެ ތަނެއް ނޫނެވެ. މަލިކަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ރާއްޖެއިން ގަބޫލުކުރާތާ އެތައް ސަތޭކަ އަހަރު ވެއްޖެއެވެ. އަމްދުން މަލިކު ރަށްވެހިން މަލިކަކީ ރާއްޖޭގެ ބައެއްކަމަށް ނުދެކޭއިރު ރާއްޖެއަށް މަލިކުގެ ސިޔާދަތާ މެދު ގޮތް ނިންމަން އޮތީ ކޮން ހައްގެއް ހެއްޔެވެ. 

އަނެއްކޮޅުން ޗާގޯހަކީ ރާއްޖޭގެ ބައެއްކަން އެނގޭ އިތުބާރު ހުރި އެއްވެސް ހެއްކެއް ނެތެވެ. ރާއްޖޭގެ ރަސްކަން ކުރެއްވި ރަސްކަލެއްގެ ފަތްކޮޅެއް ކަމަށް ބެލެވޭ އެއްޗަކާއި އިހުގެ ދެތިން ނޫހެއްގައި ލިޔެފައިއޮތް ޖުމްލައަކުން ޗާގޯހަކީ ރާއްޖޭގެ ބަޔަކަށް ވަންޏާ ދުވަސް ކޮޅަކުން އިންޑިއާގެ ތިރިވަނަންތަޕޫރަމަކީވެސް ރާއްޖޭގެ ބައެއްކަމަށް ވެދާނެއެވެ. އެތަނަށް ދިވެހިން އައިސްގޮސް ދިރިއުޅޭތާ އެތައް ދުވަހެކެވެ. އެތާނގައި ދިވެހިންގެ ގޮތްގަނޑު މާބޮޑަށް އެބަހުއްޓެވެ. 

އަމްދުން މުސްލިމުންގެ ބިމަކަށް ވެގެން ޗާގޯސް ހޯދަން ގޮވާލެވޭއިރު އެތާނގެ ރަށްވެހިންގެ ގޮތުގައި ތިއްބާ ބޭލި ޗާގޯސިއަނުންގެ ތެރޭގައި އެންމެ މުސްލިމަކު ނެތް އިރު ޗާގޯސްއަކީ މުސްލިމުންގެ ބިމެކޭ ބުނެވެންވީ ކީއްވެ ހެއްޔެވެ. ޗާގޯސިއަނުންނަށް ރާއްޖެއަކީ އޮންނަ ތަނެއްކަންވެސް އެނގުނީ ގޫގުލުންނެވެ. ރާއްޖެއާއި އެއް ސީބެޑެއް ހިއްސާ ކުރާހާ ތަނަކީ ރާއްޖެ ކަމަށް ވަންޏާ ޕާކިސްތާނާއި ނޭޕާލާއި ބަނގަލާދޭސް ވެސް ވާނީ އިންޑިއާއަށް ތާއެވެ. އެމީހުން ހިއްސާ ކުރަނީ އެއް ބައްރެކެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ކުއްލިޔަކަށް ޗާގޯސް ދިވެހި ބިމަށްވެ މަލިކު ހިފަން ހަނގުރާމަ އިއުލާނުކުރާ ހިސާބަށް ދިވެހިން ބޮލު ރޮދި ކެނޑުނީ ކޮން އިރަކު ހެއްޔެވެ. މައްކާ މަދީނާއާއި އެއްވަރަށް ޗާގޯސް މުގައްދަސްވެ ދީނީ ވާޖިބަކަށް އެތަން ހިފުން ދިވެހިންނަށް ވެއްޖެކަހަލައެވެ. ދުނިޔޭގެ ހަމަލަމައިން ނެއްޓި އަމިއްލަ އެދުމަށް ކަމެއް ކުރެވޭވަރުގެ އާރެއް ބާރެއް ނެތި ސަރަހައްދީ ހަޖެހުން ނަގާލަން ގޮވާލުމަކީ އަމިއްލައަށް ނުރައްކަލުގެ ތެރެއަށް ވެއްޓި ގަތުމެވެ. ފަހަރެއްގައިވެސް އެއީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތް ކުރުމެއް ނޫނެވެ. ސުލްހަ މަސަލަސް ކަމާ ދެކޮޅަށް އަޑުއުފުލުމަކީ މުސްލިމުންގެ ގޮތެއް ވެސް ނޫނެވެ. 

ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރެއަށް ޗާގޯހާއި މަލިކު ވެއްދުމަކީ ދިވެހިންނާއި ދިވެހި އަސްކަރިއްޔާގެ މައްޗަށް ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ލާޒިމުވާ ބޮޑު ވާޖިބެއް ކަމަށް ބުނާ ފަނޑިޔާރަކަސް އިލްމުވެރިއަކަސް އެހުރީ ސިޔާސީ ފިތުނައިން ފޯވެ ދެބަން ދިހާރުވެފައެވެ. ރިޔާސީ އިންތިހާބުގެ މަސްތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ވާހަކަ ފަތުރާ ގައުމު ހަލަބޮލި ކުރުމަކީ ސިޔާސީ ކަމެއް ނޫނެވެ. ފިތުނައާއި ދެކޮޅުވެރި ކަމެވެ.  

]]>
Sat, 13 May 2023 18:14:30 +0500 ހީރަސްނިއުސް
ކަނޑުރަސްގެފާނަށް އިދިކޮޅުގެ ތާއީދު ފުރޮޅިގެން ދިޔުން https://heerasnews.com/1362 https://heerasnews.com/1362 އިދިކޮޅުން ރައީސް ސޯލިހާ ދެކޮޅަށް ދެއްކިހާ ވާހަކަ ހަރުތާކު ނުޖެހި، ޖެހިދުމެއްހެން އަރާ ގެއްލި ހުސްވެއްޖެއެވެ. ވެރިކަމަށް ފައިނަގައިގެން ތިބިހާ މީހުން އެކަނި ހާލަށް ނޫޅެވި އެކަކު އަނެކަކު އަތުގައި ހިފައިގެން ހިންދަމާ ލެވޭތޯ ތެޅެފޮޅެނީއެވެ. ޔާމީނު އޮތްތާ އޮއްވާ ޔާމީނުގެ އައުވާނުން ލައްވާ ގާސިމް ނަގާ ދެއްކޭތޯ ކުރިހާ މަސައްކަތް ތޮޅިއަށްވެ ނަޝީދުގެ ވިހަ މުޅި އިދިކޮޅަށް ފަތުރަލާ މުޅި އިދިކޮޅު ވިހަކޮށްލައިފިއެވެ. 

ޔާމީނު ނެތްތާކު މުއިއްޒަކީވެސް ޕީޕީއެމަކަށް މީހަކަށް ނުވިއެވެ. ގައްސާނު އިސްވެ ހުރެ އެންދެރިމާގެއާއި ކައިރިއަށް ވެރިކަން ފުރޮޅާލަން ކުރިހާ މަސައްކަތް ގޮސްޖެހުނީ ގާސިމުގެ ފައިބުޑަށެވެ. ގާސިމުގައިގާ ހަކިހިއްޕާލައިގެން އޮތީ ނަޝީދެވެ. ދުވަހަކު ނަޝީދާ އެއްގަލަށް ނާރަން ހިތްވަރުކުރި ޕީޕީއެމްގެ ކުދިން ބާކީކޮށް ނަޝީދު އުނގަށް ޕީޕީއެމް ވައްޓާލައިފިއެވެ.

ޔާމީނު ޖަލުގައި ބާއްވައިގެން ޕީޕީއެމް ނަޝީދަށް ވެދުން ކުރުމުގައި އަދުރޭއާއި ޝިޔާމާއި ޓޮމް ހޭބޯނާރައެވެ. މިވެރިންނަށް މިހާރު އަދީބުވެސް އޯކޭވެ އެމްއެމްޕީއާރުސިއާއި ޔާމީނު ހަނދާން ނެތިއްޖެއެވެ. މިއަދަކު ޕީޕީއެމް-ޕީއެންސީއަށް ޔާމިނެއް މުހިންމެއް ނޫނެވެ. އެމީހުނަށް މުހިންމުވީ އަދީބާއި ނަޝީދާއި ގާސިމެވެ.

މުއިއްޒު ވެރިކަމަށް ގެންނަން ފޫގަޅާފައިތިބި ސަލަފްމީހުނަށް ގޮތްހުސްވެ ނަޝީދު ވަރުގެ އިމާމަކު ނެތިއްޖެއެވެ. ކްރިސްޓިއަން ދީނަށް ނިސްބަތްވާ ޗާގޯސް މީހުންކޮޅު ދިވެހި ރައްޔިތުންނަށް ނުހެދިގެންނެވެ. ރާއްޖޭގައި އޮތް ސައްތައިންސައްތަ އިސްލާމްކަން ކަނޑާ ނުލެވިގެން ސަލަފުވެސް ނަޝީދުގެ ފަހަތަށް އަރާ އިދިކޮޅު ސިޔާސީ ކުޅިގަނޑުގައި ރަނގަޅަށް މެހިގެންފިއެވެ. ނަޝީދުގެ ކެހިވެރި ހީލަތުން ރާވާ ފަތުރާލި ގާސިމްގެ ފަލީތާގައި ނިކަން ރަގަޅަށް އިދިކޮޅު އެންމެން ބަދެވިއްޖެއެވެ. 

2018ގައި އިދިކޮޅު ޔާމީނާ ދެކޮޅަށް އެއްވީ ލީޑަރުން ވާދަކުރާނެ ފުރުސަތު ނެތިގެންނެވެ. މިއަދު އެހެނެއް ނޫނެވެ. ކިރިޔާވެސް އުދަގުލެއް އޮތީ ޔާމީނަށެވެ. މުއިއްޒަކަށް ގައްސާނަކަށް އަދުރޭއަކަށް ހުރަހެއް ނެތެވެ. ގާސިމް އެހުރީ ފިސާރި ފުފެފައެވެ. ކާނަލް ނާޒިމް ވާދަކުރަނީ ހުރި މީހެއްކަން އަންގަންތާއެވެ. ނާޒިމުގެ ހަގީގީ އަހަރަކީ 2028 އެވެ. ދެން ތިބީ އުމަރާ މުނައްވަރެވެ. ބެނދެވުމެއް ނެތެވެ. ވާނުވާގައި ނޭގިތިބެ ހުރިހާ ވާދަވެރިން ބަނދެވިގެން ވެރިކަމަށް އަންނަން މިއުޅެނީ ކާކުހެއްޔެވެ. 

ޗާގޯހުގެ ފުޅޮއިގާ ޖެހި ނުނެއްޓެވިގެން ޗާގޯސްވަށާ އެނބުރި އެނބުރި ތިބީ ހާދަ ގަމާރުވީމައެވެ. 75 ފަސްމޭލަށް ވުރެ ބޭރުން މަސްވެރިކަން ކުރުން މަނާ ދިވެހި މަސްވެރިންނަށް ރަންގަޑެކޭ ހިލަގަނޑެކޭ ތަފާތެއްނެތް ކަމެއްގައި ކޮށިއަރައިގެން އުޅުމުގެ ސިއްރެއް އޮންނާނެއެވެ. އިދިކޮޅު އެއްކޮށް ދޮންކޮށްގެން މުޅި މަންޒަރު ބަދަލުވެގެން ދާދިމާ ވަރަށް ސާފެވެ. 

ޔާމީނާއި ގާސިމާއި ނާޒިމާއި މުއިއްޒާއި ގައްސާނާއި އުމަރު އޮޅާލާ މިއެންމެންނަށް އޮތް ތާއީދު ވަކި ދިމާލަކަށް ބާރު ދުވެލީގައި ފުރޮޅެމުން ދާތަން އެބަ ފެނެއެވެ. ކަނޑު ރަސްގެފާނު ފާޅުވެ ކަނޑުރަސްގެފާނުގެ ރަސްކަމަށް އިދިކޮޅުގެ ތާއީދު ލޫދިގެން އެހުރެދަނީ ލޮނދި ހިކައެއް އަތުން ދާހެންނެވެ. ޔާމީނާއި ގާސިމާއި މަންޒަރުން ގެއްލި ބާކީވެ ނިދިން ހޭލެވޭއިރު ޑރ. މުނައްވަރު ހުންނަވާނީ އިދިކޮޅު ލީޑަރުގެ ގޮތުގައި ނަޝީދާއެކުގައެވެ.  

]]>
Wed, 10 May 2023 12:02:32 +0500 ހީރަސްނިއުސް
އިންވަކިކޮށްލަން މާގިނަ ދުވަހެއްނެތް https://heerasnews.com/1360 https://heerasnews.com/1360 މިހާރަކަށް އައިސް މި ފެންނަނީ އެކްސްޕަޔާރޑް ބަންޑާރަނައިބުންތަކަކާއި އަތުގުޅައިގެން މަހުޖަނު ގާސިމް އާއި ދައުލަތް އަންބޮނޑިއަށް ކަހާލައިގެން ޖަލުގައި އޮންނެވި ކުރީގެ ރައީސްއާއި ދެމޫނުގެ ވެރިޔާ މައުމޫނާއި، ފަކުރެއްގެ އަޅުވެތިކަމުން ބަދެވިގެން އުޅުއްވާ ރައީސާއި އެއްވެ މޮޑެލަން އުޅުނު މަސްހުނިގަނޑެކެވެ. ލޮނާއި މިރުސް އަޅާ ރަހަ ހެޔޮވަރުކޮށްލުމަށް ހަރުގަނޑު އުމަރާއި، ބަގާވާތުގެ ހުރިހާ އަހުލުވެރިންވެސް މަސްހުނިގަޑު ތެރެއަށް އަތްދަރާލައިގެން އުޅޭތީ ފެނެއެވެ. މި އެންމެންނަކީ ވެސް ކުރިއައް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކަށަވަރު ކޮށްގެން ތިބި ކެނޑިޑޭޓުންނެވެ. ބޭރަށް ހިންގާ ގެރިތަކެއް އުސޫލުން މީޑިއަތަކަށް އަރާ ގައުމު ވިއްކާލީއޭ، އަތުން ބައެއް ދިޔައީއޭ، ނުވިތާކަށް ރިސްވަތޭ ވެސް ކިޔަނީއެވެ. ފަތްފުއްތައް ބަލާލައިލުމުން އަނދަގޮޑި ޖަހާނުޖެހޭ އެކަކުނެތެވެ.

ވާ ވަރުވެއްޖޭ ކިޔާ ގޭ އުނދޯލީގައި އޮންނަން ބުންޏަސް އޮވެވޭނީ ކިހނަކުން ހެއްޔެވެ. ދައުލަތް އެއްކޮށް ބައެއް ބޭފުޅުންނަށް ދިނަސް ވެސް ވެރިކަމަށް ފޫ ނުހާކާ ވަރެއް ނުވާނެއެވެ. ގައުމަށް ހެޔޮއެދިގެން އުޅޭ ބައެއް ކަމަށް ގަބޫލުކޮށްދޭން މަސަތްކަތް ކުރާއިރު ހިމާރާއި ކަންބަޅިތަކެއް އެއްކޮށްޓަކަށްލައިގެން ގޭގައި ގެންގުޅުންވެސް މާ ހެޔޮވާނެއެވެ.  މިމީހުން ވެރިކަމަށް ގެނަން އުޅުމަށްވުރެ އެފާޑުކޮޢްޓެއް ބެލެހެއްޓުންވެސް ހައްޓައް ލުއިވެފައި ސިކުނޑިއަށް ބުރަކުޑަ ވާނެއެވެ.

މިހާ ހިސާބުން އިންވަކިކޮށްލާ ހިސާބު ކަނޑައަޅާލަމާހިނގާށެވެ. އެއްއުރައެއްގައި ފިތި ބާރުވެ އެތިބީ ހުސްވެސް ކެނޑިޑޭޓުންނެވެ. އެ އުރަތެރޭން ފަޅައިގެން ނުކުންނާނެ އިރެއް ބަލަން މިތިބީ ކެތްމަދުވެފައެވެ. މާދަމާ އެބޭފުޅުން އެބޭފުޅުންނަށް އިން ވަކިކޮށް އެކަކު އަނެކަކަށް ހަޔާތައްގޮވާ، ކޭ އެއްޗެއްސާ ނުކާ އެއްޗެއްސަށްގޮވާ، ބުއި ހުރިހާ ސަރުބަތެއްގެ ވާހަކަ ގޮވާ ، ކައްވާލި ހުރިހާ ރަށަކާއި  ރައްތައް ވިއްކައިގެން ދިރުނު ޑޮލަރުތަކުގެ ވާހަކައާއި، ބާގީ އާއި ލާދީނީއަށް ގޮވާދުވަސް މިއޮތީ ކައިރީގައެވެ. މިލިޔުން ކިޔާލުމަށްފަހު ހަނދާނަކަށް ވިޔަސް ބައިންދާލާށެވެ. އޭރުން މިބުނި އެއްޗެއް ކުޑަދުވަސްކޮޅެއް ފަހުން ފަހުމްވެގެން ދާނެއެވެ. 

ވިއްކަން އުޅުނު ކޮތަޅުގަނޑުފެޅި ޖެހުނު ދިމާލަކުން ހަވަޔައް އަރައިގެން ދަނީއެވެ. ކަޑުގެ ވާހަކަ ނިމޭނީ އެ އެންމެން ކަނޑުވެ އޮޔާގޮސް ގެންނެވެ. ސުލޯ އޭކިޔަކިޔައި ތިއްބާ މުސަޅަށް ޖެހުނު ހާލުޖެހި މިހާރުވެސް އަތުނުވާހިސާބައް ގޮސް ސޯލިހު އޮބައިފިއެވެ. ވައި ހިނދި ފާނޯ ވާއިރު ބެހިގެންދާ މީހުންގެ ހޭ ހުންނާނެ ކަމެއް ނުހުންނާނެ ކަމެއް ނޭގެއެވެ. 

މިފަހަރު އިންކަނޑަ އަޅާލާ ގޮތުން ޖާޑިތައް ފަޅާގެންދާތަން ބަލަން އެބަތިބީމެވެ. ކަނޑަ އަޅާ އިމެއް ތިބޭފުޅުންގެ މެދުގައި ކަނޑަ އަޅާށެވެ. އެކަމަކު އިބޫ އަތުވާ ވަރަށްވުރެ އަދި ތިޔަތާ ތިބި މީހުން ބަރުހެލިވެފައި ބުރަހެލިވެސް މެއެވެ. ތިޔަ މަރުފަލި ނުޖަހާ ގައުމު ގައުމާގެން މި ހަމަޖެހުމާގެން ކުރިއަށް ދިޔަދޭށެވެ.

]]>
Tue, 09 May 2023 20:38:04 +0500 ޒުރޫ
އޮއެ ކާއްޓަކަސް، ފެންނެތް ކާއްޓަކަސް ގޯންޏައް ލާންބޭނުން https://heerasnews.com/1359 https://heerasnews.com/1359 ފާއިތުވި ދުވަސްތަކުގައި އެންމެ ހަރުކޮށް އިވެމުންދިޔަ އެއް އަޑަކީ މާމިމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިހާބައް ކުރިމަތިލާ ވާހަކައެވެ. ގާސިމް އިބްރާހިމް ފަހަތަށް ބަރިބަރިއަށް މީހުން އަރަމުންދާ ވާހަކައެވެ. އިންތިހާބު ކާމިޔާބުކޮށް އުފާ ފާޅުކުރަމުން ދާހެންވެސް ހީވެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މުޅިން އެހެން ވާހަކައެކެވެ. ރައީސް މައުމޫން ދޫކޮށް އެމް އާރު އެމް ސިޔާސީބޭފުޅުން ދިޔަވާހަކައާއި، އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އާއި މަސްވަރާ ކުރަމުންދާ ވާހަކަތަކާއި ގާސިމް އާއި ފަކުރެއްގެ ނުތާހިރުކަމުން އަރައިނުގަނެވި ތިއްބެވި ބޭފުޅުންވެސް އެހެން ކަންކަމާއި އުޅުއްވާކަމަށް ފެންމަތިވެގެން ދިޔައެވެ. 

ހިތައް ކުޅަދާނަ ނުވާ މިންވަރަށް މި ވާހަކަތައް އިވެމުން ދިއުމުން ގާސިމް ވަނީ އަދީބުގެ ޕާޓީއާއި ބައްދަލްކޮށް މަސްވަރާކޮށްފައެވެ. އަދި މި މަސްވަރާތަކުގައި އެ ޕާޓީއާއި ގުޅިގެން ކުރިއައްދިއުމަށް ވެސް ތައްޔާރަށް ހުރި ވާހަކަ ދެންނެވިއެވެ. މިއަދު މިއޮތީ ތެލާ ފެނާވެސް އެކުވެފައެވެ. ނުވިތާކަށް ދެޖާޑި އެއްކޮށް މަތިހުޅުވާލާން ވެސް މިއޮތީ ޖެހިފައެވެ. މި ދައްކަނީ އާދައިގެ މީހެއްގެ ވާހަކައެއް ނޫނެވެ. ގައުމުގެ މާލިއްޔަތާއި، ލިބިފައި އޮތް އެއްޗަކާއި، ލިބެންއޮތް އެއްޗެއް ކާލައިގެން ޓަގުބޯޓެއްގައި ބަޗަން އުޅުނު މީހެއްގެ ވާހަކައެވެ. މިފަދަ ބޮޑު މުޖުރިމެއްގެ ފަހަތައް އަރަން ގާސިމް އިބްރާމިން ނިންމެވި ނިންމެވުމަކީ މާއްލިޔަތައް ހުރި ދަހިވެތިކަމާއި ހިތްނިޔަތް ނުބައި ކަމުގެ ލާމަސީލު މިސާލެކެވެ. އެނޫން ގޮތެއް ވެސް ނެތަތީ ގާސިމްގެ މިއަދުގެ ހާލަތު ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއަދު މިއޮތީ ބޭސް ހުސްވޭތޯ ބަލަން ސެކިއުރެޓީ ބަހައްޓަން ޖެހޭ ހަމަޔައް ގޮސްފައެވެ.

އަޅެފަހެ މީހަކު މޮއެއް ނުވާނެހެއްޔެވެ. މިއަދު އަދީބު ހުދު ކާފޫރަށް ވެގެން ދިޔައުމާއި ، ކޮވިޑުތެރޭ މުވައްޒަފުން މަގުމަތިކޮށްލާ މަހުމުސާރައަށް އެންމެ އެއްހާސްރުފިޔާ ދިންވާހަކަ ގުޅުވާލީމަ ބޮޑު މަންޒަރު ސިފަވެގެން ދާނެއެވެ. ގާސިމް އިބްރާހިމް މިއަދު ރައްޔިތުންގެ ހާދިމަކަށް ވުމަށް އެދޭއިރު އެދުވަހު ރައްތުންނައް ޖެއްސި ނިކަމެތިހާލު އަދިވެސް ރައްޔިތުން ހަނދާން ހުންނާނެއެވެ. ރައްޔިތުން ހޭލާތިބީ މަހުޖަނަށް ރުފިޔާ ޖާޑިއެއްހެން ދައުލަތުގެ މާއްލިޔަތު ހަވާލު ވިޔަ ނުދިއުމަށް ފޫގަޅައިގެނެވެ.  މިއަދު ގާސިމު ހުދުކާފުރަށް ވެގެން ބަޔަކު އުޅުނަސް މިހާރު މަޖިލީހުގެ މެންބަރުކަން ނުކޮށްލެވިގެން އުޅޭމީހަކަށް ދައުލަތެއްގެ ވެރިކަން ކުރެއްވޭނީ ކިހިނަކުނެހެއްޔެވެ.

ރައްޔިތުން ވިސްނާނެއެވެ. މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒުރިވީ ގާސިމެވެ. ކޮވިޑުތެރޭގައި ފިއްލަވާ ހުންނެވީ ރިސޯޓުގައެވެ. އެހެނެއް ކަމަކު މުސާރައިން އެންމެ ރުފިޔާއެއްވެސް އުނި ވުމަކަމަށް މަހުޖަނު ނޭދެއެވެ. މިވަރުގެ ބޭފުޅުކަށް ދައުލަތް ހަވާލު ކުރަން ދިވެހިރައްޔިތުން ބޭނުންވާނެތޯއެވެ. ގޯންޏައް ލާނެ ކާއްޓެއްނެތީމަ ، އޮއެ ކާއްޓަކަސް، ފެންނެތް ކާއްޓަކަސް ، ކުރޮޅިއަކަސް މިޖެހެނީ ކާށީގެ ނަމުގައި ކާށިބަސްތާއަށް ލާށެވެ.

]]>
Tue, 09 May 2023 18:02:14 +0500 ޒުރޫ
ނަޝީދު ޔާމީން ގާތަށް & ގާސިމް އަދީބު ގާތަށް https://heerasnews.com/1350 https://heerasnews.com/1350 އެކަނި މާއެކަނި ވެސް ގާސިމް ވެރިކަމަށް ކުރިމަތިލާނެކަން ނޭނގޭ އެކަކުވެސް ހުރީހެއްޔެވެ. އޮތް އެއްޗެއް އޮތް ތާކުން ހޯދަން ގާސިމު ނޫޅޭނެ ކަމަށް ދެކޭނެ މީހަކު މިއުޑު ދަށަކު ނުވެއެވެ. ސަރުކާރަށް ފާޑުކިޔާ ފުރައްސާރަކޮށް ވާދަކުރަން މުޑިނަގާއިރު އަންހެނުންގައި އޮތް ވަޒީރުކަން ދެތިން މަސް ދުވަހަށް ވެސް ގެއްލެން ބޭނުންނުވާކަން ނޭގޭ މީހަކު ނެތެވެ. ބަރާ ނުފޫޒާއި މުދަލަށް ބޫތުކައިފާ ހުރިވަރު އެބަ ފެނޭ ނޫން ހެއްޔެވެ. 

މުޅި ރާއްޖެ އަމިއްލަ މުއްޕަތަށް ލާން ބޭނުންވެފައި ހުރި ވަރު އެބަ އެނގެއެވެ. ގައުމަށް ހިޔާނާތްތެރިވުމުގެ ބޮޑެތި ބޮޑެތި ކުށްސާބިތުވެ ހުކުމުގައި ތިބި މީހުންނާ ކޯލިޝަން ހަދަން އުޅެގަތީމާ ތިމާމެންގެ ނުބައި ނުލަފާކަން މެންދުރުގެ އިރެކޭ އެއްގޮތަށް އެހެރަގެން ފާޅުވަނީއެވެ. ގައުމޭ ރައްޔިތުންގެ ހައްގޭ ކިޔައިގެން ވެރިކަން ހޯދަން އުޅެނީ ގައުމު ދަވާލަންކަން އެބަ އެގޭ ނޫން ހެއްޔެވެ. 

ނިކަން ދެކެ ބަލާށެވެ. އެމްއެމްޕީއާރުސީން ދަވާލި ފައިސާތައް ލިބުނު މީހުން މިތިބަގެން ހާމަ ވަނީއެވެ. އެމްޑީޕީގެ ޗެއަރޕާސަނަކަށް ހަސަން ލަތީފު ހުރެ އެމްޑީޕީގެ ނަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލައްކަ ލައްކައިން ހަސަންލަތީފު ނަގާފައި އޮތްކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އެމްޑީޕީގެ ނައިބު ރައީސްކަމުގައި ހުރެ މުޒާހަރާއެއް އިންތިޒާމުކުރުމަށޭ ކިޔައިގެން ސިއްޕެ އެކައުންޓަށް ލައްކަލައްކައިން އެމްއެމްޕީއާރުސީގެ ފައިސާ ކައްވަލާފައި އޮތްކަންވެސް އެގެން އެބައޮތެވެ. ކާރުގެ ޑިކީއަށް އަޅައިގެން އެމްއެމްޕީއާރުސީގެ ދިޔާ ފައިސާ އަލީ ޢާޒިމް އުފުލިކަމަކީ ވެސް ފޮރުވެން ނެތް ހަގީގަތެކެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުރެ ޔާމީނު ބޭނުންވި ގޮތަށް ގާނޫނު އަސާސީ ބަދަލުކުރާށައި ސްޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ޔާމީނު އަތުން ރިޝްވަތު ނަގައިގެން އެކަންކަން ކޮށް ނިމާދިނީ ރައީސް ނަޝީދުކަން އޮޅުމެއް ނެތި އެނގެއެވެ. ފިކުރު ދިރިދިރި އެތިބީ ހިޔާނާތު ފައިސާގެ ތެރޭގައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ބައިލިބުނު އެންމެން އެތިބީ ފިކުރެއްގެ ދިރުމުގައި ނަގޫ ގޮއްޖަހައިގެނެވެ.

ޕީޕީއެމްގެތެރެއިންނާއި ބޭރުން ހިޔާނަތުގެ ފައިސާ ނެގި އެންމެންހެން އެތިބީ ގާސިމުގެ މެދުހަށީގައި ބައްދައިގެނެވެ. ނިހާނާއި އަލީ އާރިފާ ރިޔާޒް ރަޝީދެއް ކިޔާނެކަމެއް ނެތްތާއެވެ. ޑޮލަރު ގަތުމުގެ ނަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެސްއޯއެފުން ވިލާއަށް މިލިޔަން މިލިއަނުން ޑޮލަރު ވަދެފައި ހުރިކަން ފޮރުވޭކަށް ނެތެވެ. 

މިއަދު އެމަންޒަރު މިހިރަ ދަނީ މާބޮޑަށް ސާފުވަމުންނެވެ. އިބޫ ނޫން ގޮތެއް ހޯދަން ނަޝީދާއި ގާސިމް އުޅެގަތް ގޮތް ނިކަން ދެކިބަލާށެވެ. ގާސިމު އެއޮތީ އަދީބުގެ އުނގަށް ވެއްޓިގަނެގެނެވެ. ނަޝީދު އެއޮތީ ޔާމީނުގެ ފަސްބައިގައި އެލިގަނެގެނެވެ. އެންމެ ފަހުން ނަޝީދާ ގާސިމާ އެއްލަވައެއް ކިޔާ ދެފަރާތަށް ދެފަލި ބޭލީއެވެ. ގާސިމް އަދީބު ގާތަށެވެ. ނަޝީދު ޔާމީނު ގާތަށެވެ.

ދެފަރާތުން ދެ ދޭފަތުން ހިލާން މިއުޅެނީ އެއްފުށްގަޑެވެ. ފުށްގަޑު ހިލާ ނިމޭއިރު ޔާމީނެއް އަދީބެއް ވެރިކަމުގެ ލޮލުކޮޅަށް ވެސް ނުފެންނާނެއެވެ. ސަމަންތަރު ހެޔޮ ބޮޑަތި ގުޅަ ޖަހާލައިގެން ދައުލަތް ދަވާލަން ތައްޔާރު ވަމުން އެދަނީ ނާޝީދާ ގާސިމެވެ. 

ވަގުގަ ވަގު ހިފާ ވާހަކަ ކިޔާތީ އަހަމެވެ. ރައިސްސަކާ ކުފޫ ހަމަވާނީ ރައީސެއްތާއެވެ. ލަނޑަޔާ ވަނީ ލަނޑަޔާއެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދެވެ. އަދީބާއި ގާސިމެވެ. ހުރިހާ އޮޑިއަކަށް ފައިލައިގެން ނަޝީދާ ގާސިމު ގެންނަން މިއުޅޭ އެމްއެމްޕީއާރުސީ ރަސްކަމުގެ ހީލަތުގެ ބޮޑު ކަމާއެވެ. ކުޅެން މިއުޅޭ ކުޅިން ހުޅުފަޅައިގެން ގޮސް އެމްއެމްޕީއާރުސީ ރަސްކަމަށް ތަހުތުނުފެނި ރަސްގެފާނާ ބޮޑުވަޒީރު ފަތީ ފުލަށްގޮސް ދޮޅިކެނޑިގެން ބިމަށް ވެއްޓި އަނބުރާ ނުތެދު ވެވޭތަން ލޮލަށް ފެންނަ ކަހަލައެވެ. ނަޝީދާއި ގާސިމުގެ ތަރި އޮއްސި މިސްކިތު ވަކަރަށްވެ ނިމޭތަން ދެކެން މާގިނަ ދުވަހެއް ދެން ނެތެވެ.    

]]>
Mon, 08 May 2023 22:25:11 +0500 ހީރަސްނިއުސް
ގާސިމަށް: ބުނިހާ ގޮތަކަށް ކުރިން ވޯޓުދިނިން! ދެން ނުވާނެ! https://heerasnews.com/1346 https://heerasnews.com/1346 ހަނދާން ހުރި ޢުމުރުފުރާ އަކުން ވިސްނާލާފައި ބުނެ ބަލާށެވެ. ގާސިމްގެ ދުލުން މައުމޫނޭ ބުނިއްޔާ ބުނި އިންތިޚާބެއް މައުމޫނަށް ކާމިޔާބު ކޮށްދޭން ރައްޔިތުން ނިކުމެ އެކަން ކުރި ނޫންހެއްޔެވެ؟  

މައުމޫނު ގޯހޭ ދެން އަންނިއޭ ބުނެ ގާސިމް ނުކުތް ފަހަރު ރައްޔިތުން އަންނި ވެސް ހޮވައިދިން ނޫން ހެއްޔެވެ؟  

ނޫނެކޭ އަންނި ރަނގަޅެއް ނޫނޭ މިފަހަރު ޔާމީނޭ ގާސިމް ބުނި ފަހަރު ރައްޔިތުން ޔާމީނު ވެސް ހޮވައިނުދޭ ހެއްޔެވެ؟ ދެން އަނެއްކާ ނުކުމެ ބުނީ އޭ ރައްޔިތުންނޭވެ! ޔާމީނު ވެސް ގޯހޭ މިފަހަރު އިބޫ އޭ ނޫންހެއްޔެވެ.  

ރަނގަޅޭ، ގޯހޭ ބުނަމުން ބުނަމުން ގޮސް އެންމެ ފަހުން ގާސިމް ބުނީ އިބޫއެވެ. އިބޫ ވެސް އެހުރީ ރައްޔިތުން ހޮވާފައެވެ. 

އިބޫ ސަރުކާރުގެ ބައިވެރި އަކަށް ހުރެ ވޯޓް ލާން ގާތްވީމާ މިހާރު ތިޔަ ކިޔަނީ އިބޫ ސަކަރާތޭ ހުރިހާ ރައްޔިތުން އަޅުގަނޑާ އެކު ނިކުމެ ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށްދޭށޭއެވެ.  

ގާސިމާ ބުނަން ހެއްޔެވެ. ގާސިމް ބުނިއްޔާ ބުނި ފަހަރަކު ނުކުމެ ބުނި މީހަކަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށްދީދީ ރައްޔިތުން މުޅިން އަވަދި ވެއްޖެއެވެ.

ގާސިމް ރަނގަޅޭ ބުނި އެކަކު ވެސް ގާސިމަކަށް ރަނގަޅެއް ނުވިއެވެ. އެހެން ވީމާ ގާސިމަކީ ރައްޔިތުންނަށް ރަނގަޅު ނުބައި ބުނެދޭން އެނގޭ މީހެއް ނޫނެވެ.

އެހެން ނޫނަސް 70 ފަހަނަ އަޅާ އުމުރުން 80 އަށް ފައިނެގީމާ ދެން ރަނގަޅު ވާނީ މިކޮޅާ ދުރުވެ އެކޮޅާ ގާތްވެވޭތޯ ވީހާ ގިނަ އަޅުކަން ކޮށް ގިނަ ވަގުތު ޒިކުރުކޮށް އަސްތަޣްފާރު ކުރުމުގައި ރޭދުވާ ހޭދަ ކުރުމެވެ. 

ބައެއް ދީނީ ޢިލްމުވެރިން ކަމުގައި ނަން ކިޔޭ ބޭފުޅުންނަށް ގާސިމް ވަރެއް ނެތިގެން އެކުގައި މަޖިލިސް ކުރައްވާ، ދީނާ ގައުމަށް ޓަކާ މަޝްވަރާ ބައްދަލުވުންތައް ބާއްވާ އުޅޭތަން ފެނެއެވެ. އެހެނެއް ކަމަކު ބަނގުރަލާ އޫރު މަހުގެ އެންމެ ބޮޑު ވިޔަފާރި ވެރިޔާ އަކީ މިދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމުގައި ހަދަން ނުރުހޭ ދިވެހިން މާގިނައެވެ.

ހޮނު ގުގުރި ޖަހާހެން ހެމުން ހެމުން ގޮސް ކޮށިއެރީމާ ކެބިނެޓްގެ މޭޒު މައްޗަށް ޚާސް ކިޔާފައި ބޮޑު ކުޅުގަނޑެއް ޖަހާފާނެ ކަހަލަ މީހެއް ނޫނަސް ޚުލްގު ހުރި، މަޑުމައިތިރި ކެތްތެރި ވެރިޔަކު ދިވެހިންނަށް ވެސް ލިބިދާނެއެވެ.

]]>
Mon, 08 May 2023 12:15:51 +0500 ހީރަސްނިއުސް
ގާސިމަށް: ބައެއް ގެއްލުވާލިއްޔާ ގެއްލުވާލީ ޖޭޕީ ބޭނުންވެގެން. https://heerasnews.com/1324 https://heerasnews.com/1324 ގާސިމު ހީކޮށްގެން ތިއުޅެނީ ފަންސާސް ލާރިއަށް އަކަފޫޓެއްގެ މަގުން މާލޭ ބިމުން ވިލާގޭސް ކޮށި ކުއްޔަށް ނަގައިގެން އެބިން ވެރިކޮށްލައިގެން އުޅޭހެން ޗާގޯސް މައްސަލަވެސް ނިންމާ ލެވޭނެ ކަމަށް ހެއްޔެވެ. މީހެއްގެ އަނތްބަކު ވަރިކުރީ އެމީހުންގެ ކުރިމަތީގައިކަމަށް ބުނަން ފައިސާދީގެން ދެމީހެއްގެ ދޮގު ހެކި ހޯދައިގެން ކައިވެނި ރޫޅުވާލައިގެން އަންހެނަކާ އިންގޮތަށް ހުރިހާ ކަމެއް ހަމަޖެއްސޭނެ ކަމަށް ހެއްޔެވެ.

ވެރިކަމުގެ ބޭނުން ކިތަންމެ ބޮޑުވިޔަސް ތިޔައީ ބޮޑުވަރެވެ. ޗާގޯސްއާއި ރާއްޖެއާއި ދެމެދު ފުށުއަރާ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި ބައިނަލް އަގްވާމީ ފަނޑިޔާރުންނަށް ވުރެ ގާސިމު އިބްރަހީމް މާ މޮޅީތާއެވެ. " ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި ( އިޓްލޮސްއިން) އޭޕްރީލް 28 ގައި އިއްވި ޙުކުމަކީ ،އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލު ލިބޭނެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް" ކަމުގައި ގާސިމް ދެކިގެން އެ ހުކުމަށް ގެނެވޭނެ ބަދަލެއް ނޯންނާނެއެވެ. ރާއްޖެއަށް ފުރިހަމަ 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ޗާގޯސްއާއި ރާއްޖެއާއި ދެމެދަކުން ނުއޮންނާނެއެވެ. 

އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމާ ގުޅޭ ގޮތުން ތަފާތު ނަޒަރިއްޔާއިން އެވާހަކަތައް މިނޫހުން ގެނެސް ދިފީމެވެ. ރާއްޖެއަށް 200 މޭލު ހަމަޔަށް ނުލިބުނީކީއްވެ ކަން ރަނގަޅަށް ވިދާޅުވެ ލައްވާށެވެ. އަނެއްކޮޅުން އިންކަޑައެޅުމުގެ މައްސަލައިގައި ރައީސް ސޯލިހުގެ ސްޓޭންޑަކީ ބަޅުރުކު ސްޓޭންޑެއް ނޫން ކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. ހަމައެހެންމެ ގާނޫނީ ތާކިހަލުގައި ރައްޔިތުންނަށް އޮޅުވާލުމަކީ ބޮޑު ގޯހެއް ކަންވެސް އޮންނާނީ ބުނެދީފައެވެ. 

އިސްވެ ދިޔަ ހަގީގަތްތައް އެހެން ހުއްޓާ ގާސީމް އިބްރާހީމް ޗާގޯހޭ އިގްތިސާދޭ ސަރަހައްދޭ ކިޔައިގެން ކެކެންފެށިމާ ދުލެއް ނެތް މީހަކު ދުލެއް ގަނެގެންވެސް އެއްޗެއް ބުނާވަރު ވެއްޖެއެވެ.  އެއްޗެއް ނުބެނެ ހުންނަން އުޅުނަސް ހުރެވޭކަށް ނެތެވެ. 

ބުނަން ހެއްޔެވެ. މި ވެރިކަމުގައި ސަރުކާރުން ނިންމި ކޮންމެ ނިންމުމެއްގެ ޒިންމާ ޖުމްހޫރީ ޕާޓީއާއި ގާސިމް އިބްރާހީމް ނަގަން ޖެހޭނެއެވެ. ކެބިނެޓްގައި ޖުމްހޫރީ ޕާޓީގެ ވަޒީރުން ތިބީތީއެވެ. ޗާގޯސް މައްސަލައިގާ ވެސް ރާއްޖޭގެ ސިޔާސަތު ބަދަލު ކުރިޔަސް ނުކުރިޔަސް އެކަމެއް ކަނޑައަޅެޅި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސްއެވެ. އަމްދުން ސަރުކާރުގެ ސްޓޭންޑާއި އެއްގޮތަށް އިޓްލޮސްގައި ރާއްޖެއަށް ލިބުނު ކާމިޔާބީ އެންމެ ބޮޑަށް ފާހަގަ ކުރައްވާ ވާހަކަފުޅު ދެއްކެވި އެއް ބޭފުޅަކީ ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން އެވެ. އެމަނިކުފާނަކީ ޖުމްހޫރީގެ ސްލޮޓްގައި ވަޒީރުކަން ކުރައްވާ ޖުމްހޫރީ ލީޑަރގެ އެޑްވައިޒަރެކެވެ. ދެން އިންނެވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝާއެވެ. އެކަމަނާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރގެ އަނބިކަބަލުންނެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެވެ. އެހެންކަމުން އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުވާލިއްޔާ ގެއްލުވާލީ ޖުމްހޫރީ ޕާޓީވެސް ބޭނުންވެގެންނެވެ. އެކަމާ އަނގަ ހުޅުވަކަށް ގާސިމު ތާހިރެއް ނޫނެވެ.   

]]>
Tue, 02 May 2023 12:23:40 +0500 ހީރަސްނިއުސް
ނަޝީދަށް: ގައުމަށް ޣައްދާރު ވެވޭނީ ތިޔަހާ ވަރަށް https://heerasnews.com/1310 https://heerasnews.com/1310 އަދިވެސް ލަދެއް ހަޔާތެއް ނެތެވެ. ތިމާ އިގިރޭސިވިލާތް ދެކެ ގަތްގަތް ބިރުން ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު ހޯދަން ލިބުނު ފުރުސަތު ދޫކޮށްލާފައި ދަތް ދިލުވާނެ ކަމެއްނެތެވެ. ރާއްޖޭން ދޫކޮށްލި އެއްޗެއް ވިއްޔާ ދޫކޮށްލީ ނަޝީދެވެ. ނަޝީދުގެ ވެރިކަމުގައެވެ. 

މޮރިޝަހުން ޗާގޯހުގެ ސިޔާދަތީ ބާރު ހޯދަން އދ މަޖިލީހުގައި ރަސްމީ މަސައްކަތް ފެށީ 2010ގައެވެ. ރާއްޖޭގެ ވެރިކަމުގައި އޭރު ހުރީ ނަޝީދެވެ. ވެރިކަމުގައި ހުރެ ބައިނަލްއަގުވާމީ ގޮތުން އެތަން ރާއްޖެއަށް ހޯދަން ކުރިކަމެއް ހަރާމުން ހަރާމެވެ. ނުވިތާކަށް މޮރިޝަހަށް ގޮސް ނެގިވަރެއް ނަގައިގެން ޗާގޯސްގެ މިލްކުވެރިކަމާ މެދު މޮރިޝަސްއާއި ދެބަސް ނުވާން މޮރިޝަހުން އެޅުވި ފައްޓަރުބައި ކަރުގައި އަޅައިގެން އައީވެސް ނަޝީދެވެެ. 

އަނެއްކާ ޗާގޯހާއި ރާއްޖެއާއި ދެމެދު ފުށުއަރާ އިގްތިސާދީ ސަރަހައްދުގެ މައްސަލަ ނަޝީދުގެ ވެރިކަމުގައި ވެސް އޮތެވެ. އޭރު މައްސަލަ އޮތީ މޮރިޝަސްއާއި ރާއްޖެއާއި ދެމެދަކު ނޫނެވެ. އިގިރޭސި ވިލާތާއި ރާއްޖެއާ ދެމެދުގައެވެ. އޭރު އިގިރޭސި އިސްތިއުމާރުގައި ޗާގޯސް އޮތީމައެވެ. 

ނަޝީދު އިގިރޭސި ވިލާތުގެ ބަތާކައިގެން ހުރި ވަރުން އިގްތިސާދީ ސަރަހައްދުން ފުށުއަރާބައި ހަމަޔަށް ދެބަޔަށް ބަހާން ނިންމަން އިގިރޭސީ ވިލާތާއެކު އެގްރިމަންޓް ހެދީ ނަޝީދެވެ. ނަޝީދުގެ ވެރިކަމުގައެވެ. އޭރަކު ރާއްޖެއަށް ކަނޑުން ބައެއް ނުގެއްލޭ ހެއްޔެވެ. އޭރަކު ރާއްޖޭގައި މަސްވެރިން މަހަކަށް ނުދޭހެއްޔެވެ. ތައްމިނަށް އަނގަދިޔާ ކުރާއިރު ހީވަނީ މުޅިގައުމަކީ ނަޝީދު ހެންނެވެ. އެހެން އެކަކަށް އެކައްޗެއް ވެސް ނޭނގޭ ހެންނެވެ.

އިގްތިސާދީ ސަރަހައްދުން ފުށުއަރާ 92،563 އަކަކިލޯ މީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު ސަރަހައްދެއް ލިބި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބުނީމާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީއޭ ބުނަން ނަޝީދު ލަދެއް ނުގަނެއެވެ. 

ރާއްޖެއަށް ރަނގަޅު ގޮތަކީ ނަޝިދަށް ރަނގަޅުގޮތެއް ނޫނެވެ. ވެރިކަމުގައި ހުރިއިރު ނަޝީދަށް ރަނގަޅުވީ އިގިރޭސި ވިލާތާއެކު ފުށުއެރުމުގެ ދެބައިކުޅައެއް ބައި ރާއްޖެ ހިއްސާކުރާށެވެ. ވެރިކަމުގައި ހުރި އިރު ނަޝީދަށް ރަނގަޅުވީ ޗާގޯހުގެ ސިޔާދަތީ ބާރާ ބެހޭގޮތުން އެއްޗެއް ނުބުނެ ހަނުހުރެގެން މޮރިޝަސްއަށް ހައްގު ދޫކޮށްލާ ކަރުގައި މޮރިޝަހު ފައްޓަރު އަޅާށެވެ. 

ތިމާ ނޫން މީހަކު ވެރިކަމުގައި ހުރީމާ ކުރިންވީ ރަނގަޅު މިހާރު ގޯހަށް ވެގެން ފިތުނަ އުފައްދާ މީޑިއާ ހެޑްލައިން ހަދަން ފޮނު އެރުވުން ނޫން ކަމެއް ނަޝީދު ނުކުރެއެވެ. ދެރައީ ގައުމީ ބޮޑު ގައްދާރު ތިރި ގޮނޑިން ނަގާ އުސް ގޮނޑީގައި ބައިންދާތީއެވެ. 

]]>
Sat, 29 Apr 2023 07:20:04 +0500 ހީރަސްނިއުސް
އާޒިމާ: ރާއްޖެއަށް އެންމެ ގެއްލުންދިން އަންހެނާ https://heerasnews.com/1301 https://heerasnews.com/1301 މާތްކަލާކޯ އާޒިމާ ޝުކޫރާއެވެ. ކަމަނާފާނު މަޑުން ހުންނަވާށެވެ. ކަމަނާފާނަކީ ގައުމުގެ ހައްގުގައި ކަމެއް ކުރާން ނިކުންނަ ވަރަށް ވުރެ ސުންޕާ ކަނބަލެކެވެ. ކަމަނާގެ ސުންޕާކަމުން ރާއްޖެ ޖެހުނު ދަންތުރަ ތަކުން އަދިވެސް އެ އުޅެނީ ނުނެއްޓެވިގެންނެވެ.

އަމްދުން ދިވެހިންގެ މައި ދޮރޯށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހޯދަން އުޅުއްވި ގޮތަށް ދިވެހިންގެ ކަމަކާ ކަމަނާ ނޫޅުއްވާށެވެ. ކަމަނާ އުޅުއްވި ކަމަކުން ވިއްޔާ ރާއްޖެއަށް ލިބުނީ ލަގާއެވެ. ފޫނުބެއްދޭވަރުގެ ގެއްލުމެވެ. މިހާރު ތިޔަ އުޅުއްވާހެން ޕީޕީއެމާއި އެމްއެންޕީއަށް ބަޔާން ލިޔެދެއްވައިގެން ލިބި ވަޑައިގަންނަވާ ލާރިކޮޅު ފަރިއްކުޅުއްވައިގެން ހަނު ހުންނެވޭތޯ ބައްލަވާށެވެ. 

ގާނޫނީ ގޮތުން ކަމަނާގެ ފުންނާބު އުސްވަނީ އަރުއްވާ ހައި-ހިލެއްގެ ފާޑަށެވެ. ކޮންމެ ފަހަރަކު އެއްކަށި ހައި-ހިލަކަށް އަރުއްވައިގެން އުޅުންވަން ހައްދަވައިގެން ޖެހެނީ ވެއްޓިވަޑައިގަންނަވަން ނޫންތޯއެވެ. 

ރައީސް ޔާމީނު ޖަލުގައި އެ އޮންނެވީ ވެސް ރައީސް އޮފީހުގައި ކަމަނާ އިންނަވައިގެން މަނީ ލޯންޑާކުރައްވަން ދެއްވި ގާނޫނީ ލަފާތަކާ ހުރެކަން އެންމެން ދަނެއެވެ. ދެއްވި ސަމަންތަރު ހެޔޮ ގާނޫނީ ލަފަޔާހުރެ ފަންޑިޔާރުގޭ ފެންޑާ މައްޗަށް ހާޒިރުކޮށްލާ އިރަށް އަޑުން އަޑުނަންގަވާ ހޭރިވަޑައިގެން ވަރުން ހީވީ މާލެ މަތީން ޖެހި ދިގުލީ ހޮނު ގުގުރި ފައްޗެއްހެންނެވެ. ފަނޑިޔާރުންނަށް ޖެހިވަޑައިގަތީ މައްސަލަ ނުބައްލަވާ ބާލިދީ ހިއްޕަވައިގެން ލޯފުޅުން އޮއްސެވި ކަރުނަ ހިއްކާށެވެ. ކަމަކާ ޖެހުނީމާ ކަމަނާއެކޭ އަގުޅިނެތް ކަންނޭލެކޭ ތަފާތެއް ނެތެވެ. 

2008 ގެ އައު ގާނޫނު އަސާސީ ފާސް ކުރުމުން ތެޅިގެންފައި ކިނދު ނުފިލުވާ ދަރިއަކު މަގުމައްޗަށް އެއްލައިލާހެން ކުރަންޖެހޭ ކަންކަން ނުކޮށް ގާނޫނު އަސާސީ ރަށްމެދުކޮށް ދައުލަތަށް އޮތް ބުރައަކަށް ގާނޫނު އަސާސީ ހެއްދީވެސް ބަންޑާރަ ކަމަނާ ނޫންތޯއެވެ. އަދިވެސް އެ އުޅެނީ އެކަންކަމުން ދައުލަތަށް އަރައި ނުގަނެވިގެންނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ފުލުސް ނަވާޒާ ބަންޑާރަ އަނިލް ގޮވައިގެން ރާއްޖޭގައި ނެތް ކުއްލިނުރައްކާ ހާލަތެއް މާލެއަށް އުފަން ކުރުވައިގެން ސްޕްރީމް ކޯޓުން ޓިނުނަގާ ފަނޑިޔާރުން ބަނޑުބިންމަތީ ޖައްސާ ހުރަގެއަށް އަޅާލަން ދެއްވި ގާނޫނީ ލަފާ ދެއްވުމުން ވީގޮތް ވެސް ދުށީމެވެ. އަދި އަތުން ލަވާ ކާންދިން މައުމޫނު އަބަހައްދުވީ ދުވަހު ޖަލުގޭ ތޭރިތަކުގެ ބިއްދޮށަށް ފޮނުވާލީ ރަކިސް ބޯދޮންނަ ފާޑަށް ބޯދޮވެވިގެންކަން އެންމެން ދަނެއެވެ.   

"އެވޮއިޑް އެބް އިނީޝިއޯ" އޭ ބުނެ ޖީއެމްއާރާ ވިއްދާލެއްވި އިރު ހައްސައެކޭ ހީވިއެވެ. އުފެދުމުގައިވެސް ބާތިލޭ ބުނެ ބާރު އޮތީމާ ޖީއެމްއާރު ފަހާލާފައި މޮޅު ކޮށްލަން ރާއްޖޭގެ ނަމުގައި އަމިއްލައަށް އާބިޓްރޭޝަނަށް ގޮސް ދިވެހި ދައުލަތުން ޖީއެމްއާރަށް 380 މިލިޔަން ޑޮލަރު ދޭން ޖައްސާފައި ބުރުގާ އެޅިޔަސް އޮރިޔާމެއް ނިވައެއް ނުވެއެވެ.

ކޮށްފައިހުރި ކަންކަމަށް ބަލާއިރު ކުރީޒަމާނުގެ ލާއންސާނީ ނާތަހުޒީބު ހަޟާރަތެއްގެ ވެރި ގައުމަކުން އާޒިމާއަށް އަދަބު ދިންނަމަ އޮންނާނީ އެކޮޅުކޮޅުން އެލުވީމާ ކަނޑިކި ތިރިއަށްް ވެއްޓިފައެވެ. 

]]>
Fri, 28 Apr 2023 04:43:20 +0500 ހީރަސްނިއުސް
އިނާޔަތާ ރައްކާތެރިކަން ދެނީ އަބުރު ކަތިލާކަށް ނޫން! https://heerasnews.com/1266 https://heerasnews.com/1266 ދައުލަތުން ހާއްސަ ރައްކާތެރިކަމާއި އިނާޔަތް ދީފައި ތިބޭ މީހުންނަކީ އާދައިގެ ބައެއް ނޫނެވެ. އެ މީހުނަށް ރައްކާތެރިކަމާއި އިނާޔަތް ދީފައި ތިބެނީ ދައުލަތުގެ ވަރަށް ބޮޑެތި މަސްލަހަތު ތަކެއް ހިމާޔަތް ކުރުމަށެވެ. ދައުލަތުން އެ މީހެއްގެ އިނާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދޭން ޖެހޭ ފަދައިން އެ މީހަކު ވެސް ދައުލަތަށް ކަށަވަރު ކޮށްދޭންޖެހޭ ކަންކަން ހުރެއެވެ. މަސްއޫލިއްޔަތު ތަކަކާއި ވާޖިބުތަކެއް ހުރެއެވެ. ދުނިޔެވީ ހަމައިން ވެސް އެ މީހަކު އިހުތިރާމްކޮށް ނަގަހައްޓަން ޖެހޭ ކަންކަން ހުރެއެވެ. 

ޒިންމާއާއި ވާޖިބާ ނުލާ ހައްގެއް އިމްތިޔާޒެއް ނޯވެއެވެ. ކިތަންމެ ބޭނުން ނޫނަސް އަދި ބޭނުން ވިޔަސް ކުރަން ނުވާނެ ކަންކަން ހުރެއެވެ. ރައީސަކަސް ކުރީގެ ރައީސަކަސް އުއްތަމަ ފަނޑިޔާރަކަސް މަޖިލިސްގެ ރައީސަކަސް އެކަމުގައި ތަފާތެއް ނެތެވެ. ރައީސް ކަމުގައި ހުރީ ކުރީގެ ރައީސް ކިތަންމެ ގަޔާނުވާ މީހަކަސް އިދިކީލި ވުމުގައި މަގާމުގެ ހުރުމަތަށްޓަކައި ނުކުރެވޭނެ ކަންކަމާ ކުރަން ނުވާނެ ކަންކަން ހުރެއެވެ. ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު ރާއްޖޭގައި އެކަން އޮތީ އެހެނެއް ނޫނެވެ. ގޮތެއް ފޮތެއް ހަމައެއް ލަމައެއް ނުހުރެއެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުލަތުގެ ރައްކަތެރިކަމާ އިނާޔަތް ލިބިގެން ހުރެ ކުރަން ބޭނުން ވުމުން ނުކުރާ އެއްކަމެއް ނޯވެއެވެ. ފާޅުގައި ނިކުމެ ވަކިވަކި ފަރުދުންނަށް ހަޖޫ ޖަހައެވެ. ސާބިތު ނުހިފޭ އެތައް ވާހަކައެއް ދައްކާ މުޖުތަމައު ފާލުން ނައްޓުވާލައެވެ. ހީވާ ހީވުމާ ދެކޭ ގޮތުގެ މައްޗަށް ބުރަވެ އެއިރަކު ބޭނުންވާ މީހަކު ނުވަތަ ބަޔަކު ވަގުންނަށް ހަދައެވެ. ޓެރެރިސްޓުންނަށް ހަދައެވެ. މުޖުރިމުންނަށް ހަަދައެވެ.

ސިޔާސީ ގޮތުން ތަފާތު ހިޔާލުގައި ބަސްބުނާ ކޮންމެ މީހަކީ ހަޝިވިއްކާ މީހަކަށް ހަދައެވެ. ރައީސް ނަޝީދުގެ ވިސްނުމަށް ތާއީދު ނުކޮށް ދެކޮޅަށް ބަސްބުނާ ކޮންމެ މީހަކީ ވިކިފައި ހުންނަ މީހަކަށް ހަދައެވެ. އެ މީހެއްގެ ވަންހަ ދިލަކޮޅަށް ދާންދެން ހުރިއްޔާ ހުރި އުނިކަމެއް ހާމަކޮށް ގީބަ ބުނެއެވެ. ވެރިކަމުގެ އާރާ ބާރު ހޯދުމަށްޓަކާ ހަމްދަރުދީ ހޯދުމަށް އަމިއްލައަށް ނުރައްކަލުގެ ތެރެއަށް ހުށަހެޅެއެވެ. ސިޔާސީ ގޮތުން ތާއީދު ހޯދުމަށްޓަކާ ވާދަވެރިންގެ ތަސައްވަރު ކިލަނބު ކުރުމަށް އެކިފާޑުގެ ޖަރީމާތައް ހިންގުވައެވެ. އެ ވަގުތަކު ސިޔާސީ ގޮތުން އަބުރު ކަތިލަން ފެންނަ ކޮންމެ މީހެއްގެ އަބުރު ކަތިލައެވެ. 

ހަމަ ތެދެކެވެ. އެކުގައި މަސައްކަތްކުރި އެތައް ބައެއްގެ އަބުރުކަތިލާ ޒަމާން ދުއްވާލާފައި ހުރީ މަދެއްކޮށް ނޫނެވެ. ރައީސް ނަޝީދު އިސްވެ ހުރެ އެންމެ ބޮޑަށް އަބުރު ކަތިލި މީހުންގެ ތެރޭގައި ގާސިމް އިބްރާހީމާއި އިބްރާހީމް އިސްމާއީލާއި ޑރ. މުނައްވަރާ ޑރ. ވަހީދު ހިމެނެއެވެ. މުހައްމަދު ޝިހާބައި ރީކޯ މޫސައާއި އަލްހާނު ފަހުމީއާއި ފުރަހަނި ޝުއައިބްއާއި އަލީ ވަހީދު ހިމެނޭނެއެވެ. އެކި ފަހަރުމަތިން މަވޯޓާ ޝަރީފްއަށް އިންތިހާ ދަރަޖައަށް ފުރައްސާރަ ކުރިއެވެ. 

އެންމެ ފަހުން އޮތް އެމްޑީޕީ ދާއިރާ ރައީސުން ހޮވުމުގެ އިންތިހާބުގައި މާލެ ދައިރާގެ ރައީސްކަމަށް ކުރިމަތިލީ އަކުރަމް ކަމަލުއްދީނަށް ވެސް ނުކުރާ ވަރެއް ނެތެވެ. މަރިޔާ ދީދީއާއި އަދުން ހުސޭންގެ ބޮލުގައި ޓެރެރިޒަމްގެ ތުހުމަތު އަޅުވާ އެވަރުން ނުވެގެން ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ނާޅުވާ ކަމެއް ނެތެވެ. ފައްޔާޒު އިސްމާއީލު ސައިޒް ކުރަން ނުޖަހަނި ކޮން ސަކަރާތެއް ހެއްޔެވެ. ރޮޒައިނާ އާދަމް އިއްޒަތުއްނަފްސް ވެއްޔާ މޮޑެލަން ނުކުރަނީ ކީއްހެއްޔެވެ. 

ފާޅުގައި މީހުންގެ ތެރެއަށް ނިކުމެ ކުރާ މުޑުދާރު ކަންކަމާއި ދައްކާ ވާހަކަ ތަކުން ފުއްދާލަނީއެއް ނޫނެވެ. ސޯޝަލް މީޑިއާގެ އޮޅިތަކުގައި އެކިއެކި ވަނަމުގައި ހުއްޓާނުލާ ނަފްރަތު އުފެއްދުމާ ގީބަ ބުނުމާ އަބުރާ ބެހުމުގައި ރައީސް ނަޝީދު އުޅެނީ މަދެއް ސުމާރެއްކޮށް ނޫނެވެ. އަނެއް ދިވެހިރާއްޖެއަކާއި އެލެކްސް އަހުމަދަކާއި ހަސަންކުރުސީއަކާއި ޝާފީއަކަށް ވެގެން ކިތަކަށް މީހުންގެ އަބުރު ކަތިލެވުނުކަން އެނގޭބާއެވެ. 

އެނގެން ޖެހޭ ހަގީގަތަކީ ދައުލަތުން އިނާޔަތާ ރައްކާތެރިކަން ދެނީ މީހުންގެ އަބުރުކަތިލާ ނަފްރަތު އުފައްދަން ނޫންކަމެވެ. ތިމާގެ އަމަލުތައް ބަލާ ފަރަވެރިވާ މީހުން ނުތިބޭނެ ކަމަށް ހީވަނީތާއެވެ. އެކަމަކު އެންމެން އަބަދު މަޑުން ތިބޭނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ.  

]]>
Fri, 21 Apr 2023 12:48:37 +0500 ހީރަސްނިއުސް
އަންނިގެ ޝައިތާނީޝަހުސް: ހަސަންކުރުސީ https://heerasnews.com/1252 https://heerasnews.com/1252 ހަސަން ކުރުސީގެ ބަފާ ކަށަވަރު ނުވެ ލިޔާނު ކުރާ ހިސާބަށް ހިގައްޖެއެވެ. ހަސަން ކުރުސީއަކީ ގ.ކެނެރީގޭ މުހައްމަދު ނަޝީދުގެ ނުއަތު ޓްވިޓަރ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދައިރާގެ މެންބަރ ރޮޒޭނާ އާދަމަށް ނިސްބަތްކޮށް ހަސަންކުރުސީ ކުރިޓްވީޓަކާ ގުޅިގެން ހަސަންކުރުސީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަން ރޮޒޭނާއަށް ވަނީ ފަޅާއަރާފައެވެ. 

ހަސަން ކުރުސީއަކީ ރައީސް ނަޝީދު ކަމަށް ރޮޒޭނާ ޓްވީޓަރގައި ވާހަކަ ދައްކަވަން ފެއްޓެވުމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓަކުން ހަސަން ކުރުސީއަކީ ރައީސް ނަޝީދުކަން ގިނަބަޔަކަށް މޭރުންވިއެވެ. ހަސަންކުރުސީއަކީ ރައީސް ނަޝީދުގެ ވަގު ޓްވިޓަރ އެކައުންޓެއްކަން މީހުނަށް އެނގޭވަރު ވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ކުރުސީއަކީ ފިޒިކަލީ ރައީސް ނަޝީދު ނޫން ކަމަށެވެ. އެ އެކައުންޓުން ރައީސް ނަޝީދުގެ ކަރެކްޓަރ ފާޅުވުމަކީ ރަސްމީކޮށް އަމިއްލަފުޅަށް އެކަން ގަބޫލުކުރައްވާ ޑިކްލިއަރ ކުރަން ޖެހޭކަމެއް ނޫންކަމަށް ދޭހަވާގޮތަކަށް ރައީސް ނަޝީދުވަނީ ޓްވީޓެއް އޭރު ކުރައްވާފައެވެ. 

ހަސަންކުރުސީއަކީ ރައީސް ނަޝީދުގެ ޖިސްމުނެތް ޝާއިތަނީ ޝަހުސެކެވެ. ނަޝީދާ ހިޔާލު ތަފާތު މީހުންނާ ގުޅުވައިގެން ޣީބަ ބުނެ އަބުރުކަތިލަން ގެންގުޅުއްވަން ފެއްޓެވި ނުރަސްމީ ވަގު އެކައުންޓެއް ކަމަށް ގަބޫލުކުރާ މީހުން ގިނައެވެ. މައެއް ދަރިއެއް ނުބަލާ މީހުން ފަލީހަތް ކުރުމަށް ދޮގު ފަތުރާ ހަސަން ކުރުސީގެ ގޮތެއް ފޮތެއް އުފެދުނީްސުރެ ނެތެވެ. މައިގަނޑު މަސައްކަތަކީ ރައީސް ސޯލިހާ ސަރުކާރަށް ތާއިދުކުރާ މީހުންގެ އޮފުކެނޑުވުމެވެ. 

އެންމެ ފަހުން ޓްވިޓަރގައި އެލެކްސް އަހުމަދު އާއި ކްލަބްހައުސް ޝާފީހެން ހަސަން ކުރުސީވެސް އަތައް ގޮވީއެވެ. ރައީސް ނަޝީދަށް 24/7ގައި ހުރިހާ ވަގުތެއް ކުރުސީއަށް ހުސްކުރެއްވެން ނެތިގެން އިތުރު ބަޔަކަށް ކުރުސީއަށް އެކްސަސް ދެއްވީއެވެ. އިވާއާއި ސާބެއާއި ނާޒިމް ސައްތާރު އަތް އަނބުރާލާފައި ކުރުސީ ހިންގަން އުޅުނަސް ހަސަން ކުރުސީއަކީ ރައީސް ނަޝީދުގެ ޝައިތަނީ ޝަހުސް ކަމަށް އެންމެން ވެސް ގަބޫލު ކުރެއެވެ.

ކޮންޓްރޯލު ނަޝީދު އަތްޕުޅުން ދޫވެފައިވާ ހަސްކުރިސީއާއި ހުރެ ބޮޑެތި ޑެމޭޖްތައް ލިބިވަޑައިން ގަންނަވާ ކަމަށް ދައްކަވަން ގައިންނައްޓާލެއް ވުމަށް ޗަރުކޭހެއް އަނެއްކާ ފެއްޓެވީއެވެ. ދަންނަވަންތޯއެވެ. ފުލުހުންލައްވާ ހަސަންކުރުސީގެ ބަފާ ކަށަވަރު ކުރުވަން އުޅުނަސް ހަސަން ކުރުސީއަކީ ރައީސް ނަޝީދުގެ ޖިސްމެއްނުވާ ޝައިތާނީ ޝަހުސެއްކަން ގަބޫލު ނުކުރާ މީހަކުނެތެވެ. 

]]>
Tue, 18 Apr 2023 18:19:22 +0500 ހީރަސްނިއުސް
ވައްޑެއަށް: އަންނި އަޑު ނޫން އަޑެއް ނީވޭ https://heerasnews.com/1244 https://heerasnews.com/1244 ހިނގަމުން މިދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ މެނިފެސްޓޯއަށް ގާނޫނީ ބާރު ހޯދައިދޭން ނިކުންނެވި ސަރުކާރު ކެންޑިޑޭޓް އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކޮބައިހެއްޔެވެ. މެނިފެސްޓޯއަށް ބާރު ހޯއްދަވާ ދެއްވަނީ އިދިކޮޅަށްވުރެ އިދިކޮޅުވެ ވަޑައިގެން ހެއްޔެވެ. ސަރުކާރުގެ މެނިފެސްޓޯ އެކުލަވާލަން އިސްކޮށް އުޅުއްވިއިރު މެނިފެސްޓޯގައި އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ފިކުރެއްގެ ދިރުމެއްގައި އުޅުއްވަން މެނިފެސްޓޯގައި ލިޔެފައި އޮތީ ކޮން ބާބެއްގައިތޯއެވެ. މިހާރު މެނިފެސްޓޯ ތަންފީޒު ކުރައްވަން ވައްޑެމެން އުޅުއްވާ ގޮތުން ނޭނގޭތީ އަހާލެވެނީއެވެ. 

މެންބަރު ކަމަށް ހޮވިވަޑައިގެން މަޖިލިސް މެންބަރުންގެ އިމްތިޔާޒު، މެންބަރުން ޒިންމާދާރުވުމަށް ބަދަލުކުރެއްވި ކުރެއްވީނުން ވެގެން މިއުޅެނީ އެހެން ގޮތެކެވެ. މެންބަރުންގެ އިމްތިޔާޒަކީ ވަންޑެމެނަށް އިމްތިޔާޒު ފަހުމީ ވިދާޅު ބަސްފުޅަށްވުމެވެ.

ޖަޒީރާ ރާއްޖެ މެނިފެސްޓޯއަކީ ރައީސް ނަޝީދުގެ އަޅުންނަށް މީހުން ހެދުމަށް އަޅާލި ފާލަމަކީތާއެވެ. ވައްޑެމެން އެ ވިދާޅުވާ މެނިފެސްޓޯއިން ވައްޑެމެންނަށް ވަޑައިގެންނެވުނީ ބޮޑުވަޒީރުގެ އަނެއް ދިވެހި ރާއްޖެއަށެވެ. އަނެއް ދިވެހިރާއްޖޭގައި އޮންނަނީ ފިކުރެއްގެ ދިރުމެވެ. ފިކުރެއްގެ ދިރުމަކީ ބޮޑު ވަޒީރިު ނަޝީދުގެ އަޅު ކުދިންކޮޅުގެ އަނެއް ނަމެވެ. 

ދާއިރާގެ މެންބަރު ދާއިރާގެ މެންބަރުންނަށް ނުފެންނާތީ އެކަން ބޮޑުވުން ހައްލުކޮށް ދެއްވުމުގައި ވައްޑެ ވަރެއް ހަމަނެތެވެ. މަހަކު އެއްފަހަރު ކީއްކުރަން ހެއްޔެވެ. އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު ތަނުއެޅި ކުނާ ވެގެން ދާއިރައިން ނުނިކުންނަވައެވެ. ދާއިރާ މީހުންގެ އަޑު އައްސަވާ އައްސަވާ ވައްޑެގެ ކަންފަތްޕުޅު އެ ހުރީ ރަނގަޅަށް ބައް ވެފައެވެ. އަންނި ވިދާޅުވާ އެއްޗެއް ނޫނީ އިވި ވަޑައެއް ނުގަންނަވައެވެ.

މެންބަރުގެ ދާއިރާ އޮފީސް ނެތް ރަށެއް އުނގޫފާރު ދާއިރާގައި ނެތެވެ. ދާއިރާ މެންބަރުގެ އޮފީސްތައް ހުރިތަން ރަށްރަށު މީހުނަށް ފެންނަން ނެތުމަކީ މުޅިން އެހެން ކަމެއް ތާއެވެ. މަޖިލިސްގައި ބަހުސް ކުރުމުގެ ކުރިން ދާއިރާ މީހުންނާ މަޝްވަރާކޮށް އެ މީހުންގެ ހިޔާލު ހޯދައިގެން ގާއިމުކުރި ސަގާފަތަކީ މަޖިލިސްގައި ބަހުސް ކުރެވޭ ކޮންމެ ބަހުސެއްގައި ފިކުރު ދިރުވަން އަޅުގެ އަޅު ހެދިގެން ރެޔާއި ދުވާލު ހުއްޓާނުލާ ފިތުނަވެރި ވާހަކަ ދެއްކެވުމެވެ. ރޭނިދި ނުނިދާ ނަފްރަތާއި ފަސާދައިގެ ޓްވީޓްތައް ކުރުމެވެ. އުގޫފާރު ދާއިރާ ރައްޔިތުންގެ %47 އިން ހޮވިގެން މަޖިލީހުގައި ކުރައްވަން ވައްޑެއާ ރައްޔިތުން ހަވާލުކުރީ އެމަސައްކަތެވެ.

ރައްޔިތުން ތަމްސީލު ކުރައްވަން ހުވާ ކުރައްވައިގެން ހުންނަވާ ރައްޔިތުން ދޫކޮށް ފިކުރެއް ދިރުވާ އަންނިގެ އަޅު ކުއްޖަކަށްވެ، އިއްޒަތްތެރި މެންބަރު ވައްޑެ ހުވަޔާ ހިލާފުވުމުން މެންބަރު ކަމުން ވަކިކުރެވޭ ގޮތެއް އޮތްނަމަ މިހާރު ހުރީހީ ދާއިރާގެ ވޯޓަކުން މެންބަރު ކަމުން ވައްޑެ ވަކިކޮށްފައެވެ. އެންމެންނަކު އަފްރާޝީމަށް އުނގޫފާރު ގޮނޑި ގެއްލުވާލިހެނެއް ގޮނޑި ގެއްލުވައެއް ނުލާނެއެވެ.

]]>
Mon, 17 Apr 2023 21:13:17 +0500 ހީރަސްނިއުސް
އަމްރަށް: އޮޅިގެން އުޅުނަސް އެމްޑީޕީއަކީ ވަކި މީހެއް ނޫން https://heerasnews.com/1236 https://heerasnews.com/1236 އެމްޑީޕީގެ ސިޔާސަތާ ދެކޮޅަށް މަސައްކަތް ކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށް އަމްރު ބުނިމާ އަންނަނީ ހިންޏެވެ. އެމްޑީޕީއަކީ އެންމެ މީހެއް ކަމަށް އަމްރަށް ހީވަނިތާއެވެ. އެމްޑީޕީއަކީ އެތައް ހާސް ބައެކެވެ. އެމްޑީޕީ އުފެދުނީ ސިޔާސީގޮތުން ވަކި މީހެއްގެ ފަހަތުން އެނބުރޭ އެނބުރުން ނިމުމަކަށް ގެންނަންކަން އަމުރަށް ނޭނގެނީ ތާއެވެ.

އަމްރަށް އޮޅިގެން އުޅުނަސް އެމްޑީޕީއަކީ ވަކި މީހެއް ނޫނެވެ. އެމްޑީޕީގައި ކަން ހިނގަނީ ވަކި މީހަކު ބޭނުންވާހާ ގޮތަކަށް ނޫނެވެ. އެމްޑީޕީގެ ފަލްސަފާއަކީ މެޖޯރިޓީގެ ނިންމުމެވެ. އެމްޑީޕީގެ އަސާސީ ގަވައިދުވެސް އޮތީ އެގޮތަށެވެ. ވަކި މީހަކަށް ހައްދެއްނެތް ބާރުތަކެއް އަސާސީ ގަވައިދު ނުދެއެވެ. އެމްޑީޕީގެ ކަންކަން ނިންމަނީ މަޝްވަރާކޮށްގެން މެޖޯރިޓީ ނިންމާ ނިންމުމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ އެއީއެވެ.

އެމްޑީޕީގައި ސިޔާސަތުތައް ކަނޑައެޅި ތަންފީޒު ކުރާނެ ގޮތްތައް ހުރީ ހަމަޖެހިފައެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތަށް އެމްޑީޕީގެ މައިގަޑު ސިޔާސަތުތައް ކަނޑައަޅަނީ ކޮންގްރަސްއެވެ. ކޮންގްރަހުގެ ނިންމުންތަކާ އެއްގޮތަށް ކަންކަން ހިންގަނީ ގައުމީ މަޖިލީހުން ކަނޑައަޅާ ގޮތަކަށެވެ. ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރަނީ ސެކެރެޓްރިއޭޓުންނެވެ. ވަކިވަކި ހާއްސަ މަސްލަހަތުތަކަށް ހާއްސަ ކޮމެޓީތައް އޮވެއެވެ. ކޮމެޓީތަކުގެ ނިންމުންތައް ވެސް ނިންމަނީ މެޖޯރިޓީއަށެވެ. ޕީޖީ ގްރޫޕާއި ފިޔަވަޅުއަޅާ ކޮމެޓީއާއި އިސްތިއުނާފް މަޖިލީހަށް ދާންދެން އޮވެއެވެ. ހުރިހާ ކަމެއް ހިގަނީވެސް ވަރަށް ސިސްޓަމެޓިކްކޮށް މެޖޯރިޓީ ނިންމާ ގޮތަށެވެ. ގޮތްޕެއްގެ ކަމެއް ދާއިރާއެއްގެ ކަމެއްވިޔަސް ކުރާނީ ލިޔެ ތަރުތީބުވެފައިވާ މެޖޯރިޓީ ނިންމުމަކާ އެއްގޮތަށެވެ. 

އަމްރު ތިޔަ ދައްކަނީ އެމްޑީޕީގެ ކޮންތާކު އޮތް ކޮން ސިޔާސަތެއްގެ ވާހަކައެއް ހެއްޔެވެ. ކުރިން އަންނި އާއި އެކުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ މިއަދު އޮތީ ރައީސް ސޯލިހާ އެކުގައެވެ. ސެކެރެޓްރިއޭޓާއި ޕީޖީ ގްރޫޕާއި ގައުމީ މަޖިލިހާއި ކޮންގްރެސް އޮތް ގޮތް އަމްރަކަށް ނުފެނޭހެއްޔެވެ. އާއްމު މެންބަރުންގެ ނިންމުންތައް ބުރަވެފައި އޮތީ ކޮންކޮޅަކަށްކަން އެންމެފަހުން އޮތް އެތެރޭގެ އިންތިހާބު ތަކުން ސާފެއް ނުވޭހެއްޔެވެ. ދެން އަމްރުމެން ތިޔަ ދައްކަނީ އެމްޑީޕީން ދެކޭ ކޮން ތަސައްވަރެއްގެ ވާހަކައެއް ހެއްޔެވެ. 

ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދެމިހުންނާނެ މީހަކު މެޖޯރިޓީގެ ވިސްނުމާ ދެކޮޅަކަށް ނުހުންނާނެއެވެ. އެމްޑީޕީގެ ތަސައްވުރަކީ އަންނި އަށް ވެރިކަން ހޯދާދީގެން އަންނި ބޭނުންހާ ގޮތަކަށް ކަންކަން ކުރުން ނޫންކަން ނޭނގޭހާ އަމްރު ވެސް ގަމާރީ ހެއްޔެވެ. 

އިހުލާސްތެރިކަމާ އެކީ ހެޔޮ ނިޔަތުގައި މަސައްކަތް ކުރިނަމަ ކުރިއަރުވާ ތަންފީޒު ކުރީހީ މިއަދު އެމްޑީޕީން ތަންފީޒުކުރާ ސިޔާސަތެވެ. އެގޮތް ކަމު ނުގޮސްގެން އެހެން ގޮތެއް ހިޔާރު ކުރާކަށް އަމްރަކަށް ނުޖެހުނީހެވެ. ތިމާ ބޭނުންހާ ގޮތަކަށް ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަންކަމެއް ނުނިމޭނެއެވެ. ނުހިނގާނެއެވެ. މެޖޯރިޓީއަށް ތަބާ ވުމުގެ ވިސްނުން ނެތް ބަޔަކު ސިޔާސަތޭ ޑިމޮކްރަސީއޭ ރައްޔިތުންނޭ ނުކިޔާށެވެ. ދެރައީ މަގާމުން ވަކިކުރަންދެން އިސްތިއުފާ ނުދީ ކަމުނުދާ ސިޔާސަތެއް ހިންގަން ހުރީތީއެވެ.

]]>
Sat, 15 Apr 2023 15:34:29 +0500 ހީރަސްނިއުސް
18 އަހަރު ވަންދެން އުޅުނީ އަންނިއަށް ވެރިކަން ހޯދަން https://heerasnews.com/1220 https://heerasnews.com/1220 ތެދެކެވެ. 18 އަހަރު ވަންދެން އެމްޑީޕީ މަސައްކަތް ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދާ ދޭކަށް ނޫނެވެ. އެކަމަކު އެ އަށާރަ އަހަރު އެމްޑީޕީގެ ހަމަތަކާ އުސޫލުތައް ދޫކޮށް އެމްޑީޕީ ބޭނުން ކުރީ ކެނެރީގެ މުހައްމަދު ނަޝީދަށް ވެރިކަން ހޯދާދޭށެވެ. އެކަމުން ވީކަމެއް ހަރާމުން ހަރާމެވެ. ވެރިކަން ލިބުމުން ވެރިކަން ކުރަން އެނގުނީއެއް ނޫނެވެ. އެމްޑީޕީ މަގުމަތިކޮށް ވެރިކަން ދޫކޮށް ބެޗީއެވެ. 

ރައްޔިތުންނަށް ހައްގު މިންވަރު ހޯދާދޭ ނަމުގައި މުޅި އެމްޑީޕީ ހިސޯރުކޮށްގެން މެންބަރުން ބިކަކޮށްގެން ނަޝީދު ތެޅިބޭލީއެވެ. ޑިމޮކްރެޓިކް ވެލިއުސް ދޫކޮށް ޑިމޮކްރަސީގެ ނަމުގައި ޕާޓީއާއި މެންބަރުން ގަން ހިންގީއެވެ. ތިމާއަށް ނެތްވެރިކަމެއް ޕާޓީގެ އެހެން މީހަކުވެސް ކުރިޔަނުދީ އެމްޑީޕީ އަންބޮނޑިއަށް ލައިގެން ނަޝީދުމެން އުޅުނު އުޅުން ނިމުމަކަށް ގެނައިމާ އަސަރުކުރާނެއެވެ. ދެރަވާނެއެވެ. ރޯނެއެވެ. 

ރައިސް ސޯލިހަކީ ރާއްޖޭގެ ވެރިކަން ނުލިބިގެން ހެއްދެވުނު އެއްޗެއް ހައްދަވައިގެން ވެރިކަން ހޯއްދަވަން އުޅުއްވި ބޭފުޅެއް ނޫނެވެ. ފުރަތަމަ ދައުރުވެސް އެ މަނިކުފާނަށް ލިބިވަޑައިގަތީ އެމްޑީޕީއާއި އެހެނިހެން ގިނަ ދިވެހި ރައްޔިތުންތަކެއް ލޯބިން ދައުރެއް ވެދުން ކުރީމައެވެ. ދެވަނަ ދައުރެއް ހޯއްދަވަން ވެސް ނިކުމެވަޑައިގެން އެހުންނެވީ ރައްޔިތުންގެ ހައްގުގައި ފައްޓަވާފައިވާ މަސައްކަތްތައް ނިންމަވާ ރައްޔިތުންނަށް ހަމަޖެހުމާ އަމާންކަން ހޯއްދަވާ ދެއްވާށެވެ.

ފެންމަތިވާ ކޮންމެ ހައްސާސް ކަމަކާ ގުޅުވައިގެން ކަންކަން ސިޔާސީ ކޮށްގެން އީވާމެން ކުޅޭ ޗަރުކޭހަކުން ރައްޔިތުންނަށް މިހާރަކު އޮޅުވައެއް ނުލެވޭނެއެވެ. އެއްދުވަހު އެ މީހަކާ ދިމާލަށް ހެއްދެވިހާ ކުނިފުޅައަކުން މުހާތަބުކޮށްފައި އަމިއްލަ ބޮނޑި ބަންނަން ޖެހިގެން އަންނަ ދުވަހު އެ މީހާ ދޮންފުތު ކުރުމަކީ ނަޝީދާއި އީވާމެން ނިކަން ގިނައިން ކުރާކަމެއްކަން ރައްޔިތުންނަށް އެނގެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ނެތޭ ކިޔާ ރެވިތެޔޮ ބޮއެގެން އީވާމެން ތިޔަ އުޅެނީ އުޅޭ އައްޗިގޮތުން ފިކުރުގެ ދިރުން ހާރުވާ ނޫސްވެރިންނާ ނޫސްތައް އޮތްލެއް ގިނަ ކަމުންނެވެ. ތިމާމެނާ ދެކޮޅަށް ލިޔާ ލިޔުންތެރިންނާއި ނޫސްވެރިންނާއި ނޫސްތަކަކީ ވިކިގެން އުޅޭ ބައެއްކަމަށް ސިފަކޮށް ކޯތަޅުވަނީ ވެސް އެހެންވެގެންނެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކާ އެ ހައްގު ދިވެހި ނޫސްވެރިންނަށް ހޯދާ ދިނީ އަންނިއެއް އިވާއެއް ނޫނެވެ. ހުކުރާއި ސަންގާއި ސަންދާނާއި ދިވެހި އޮބްޒާވަރ (ޑީއޯ)އާއި އައްޑުވަހާއި އުދަރެސްއާއި ފިޔެސްއާއި ވިލަރެސްއަކީ ނަޝީދާއި އީވާއާއި ބެހޭ ކަމެއް ނޫނެވެ. ރާއްޖޭގެ ޑިމޮކްރެޓިކް ނޫސްވެރިކަމުގެ ބާނީ އަކީ އަލްއުސްތާޒު މުހައްމަދު ނަޝީދު ( ކުއްޓި ނަޝީދ) ނޫނީ ޑީއޯ ސައްޕެއޭ ބުންޏަސް މަތާހިރުވާނެއެވެ. ސަންދާނު ޓީމަށްވެސް އެ ޝަރަފު މާ ހައްގެވެ.

އަޖައިބެއް ނުވާނެހެއްޔެވެ. ނޫސްވެރިޔަކު އަމިއްލަ ހައިސިއްޔަތުން ކުރި ނޭއްގާނި ކަމަކާ ގުޅިގެން އެކަމެއްގެ މަސްލަހަތު ހުރި މީހަކު އެ ނޫސްވެރިކަން ކުރާ މީހަކާ ގުޅާ ދައްކާ ވާހަކައަކީ ނޫސްވެރިޔަކާ ނޫސްވެރިކަމާ ގުޅުން ހުރިކަމެއް ނޫނެވެ. ދަނޑިވަޅުގެ ފައިދާ ނަގައިގެން ސިޔާސީ ގޮތުން ޕީއާރު ސްޓަންޓް ޖެއްސުމަކީ އީވާމެން އަލަށް ކުރާ ކަމެއް ނޫނެވެ.

]]>
Mon, 10 Apr 2023 21:23:37 +0500 ހީރަސްނިއުސް
ތިމާމީ ލައްކައެކޭ ކާނަލް ނާޒިމަށް ހީވީ މާ އަވަހަށް! https://heerasnews.com/1206 https://heerasnews.com/1206 ސިޔާސީ ގޮތުން ސީޒަންވެ މުޑުވަށް ވަނީ ސީނުކަރަންކާގޭ ރަޖިސްޓްރީގައި މީހާ އޮވެގެންނެއް ނޫނެވެ. އެކަން ވަނީ ސިޔާސީ ދާއިރާގައި ލައްކަ ދުވަހ އުޅެގެންކަން އެއީ ދުނިޔެ ދައްކާ ހަގީގަތެވެ. ކުރިން އުޅުނު އޮޑިން ފުންމާލާ ފައިން ދޮންވެލި ނުހިކެނީސް ގައުމުތަކުގެ ވެރިކަމަށް އާދެވުމަކީ ނާދިރު ކަމެކެވެ.

ކާނަލް ނާޒިމަކީ އުޅޭ މީހެއްކަން ދިވެހިންނަށް އެނގުނީ ބޮޑުސިންގާ ހަމަ ނުޖެހުން ގަނޑެއްގެ ތެރެއިންނެވެ. 2012 ފެބްރުއަރީ 7 ވަނަ ދުވަހު ބަނޑޭރިގޭ ކުރިމަތީގައި އަނގަމައްޗަށް މައިކެއް ހުރަސްކޮށްގެން ހުރެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދިނުމަށް ޝަރުތަކާ ނުލައި މަޖްބޫރު ކުރި ކަމަށް ނާޒިމް ބުނުމަކީ ބަޔަކަށް މޮޅު ކަމަކަށް ވިޔަސް ގިނަ ބަޔަކަށް ކަމުދާ ކަމެއް ނޫންކަން ޖެހިގެން އައި ފެބްރުވަރީ 8 ވަނަ ދުވަހު މާލެ ފާލުން ނައްޓައިގެން ދިޔަ ގޮތުން ވަރަށް ސާފެވެ. 

އެ ދުވަހު އެެއްވި އެތައް ހާސް ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާ އޮހޮރުވާލި ލޭ އެއީ ފަސޭހައިން ހަނދާން ނެތޭނެ ކަމެއް ނޫނެވެ. 

ވާހަކައެއް ބުނަން ހެއްޔެވެ؟ ކޮންމެ ސަބަބަކާ ލައިގެން ވެސް ރައީސް ނަޝީދުގެ ވެރިކަން ނިންމަން ފުލުހުންނާއި ސިފައިންގެ ގިނަ ބަޔަކު ނެތް ނަމަ ތިޔައިގެ އެކަކަށް ވެސް އެކަމެއް ނުވީހެވެ. އަދިވެސް ނުވާނެއެވެ. އަދި މީގެ ފަހަކުން ވެސް ނުވާނެއެވެ. 

އެދުވަހުގެ އެތަފާތު ހާލަތު ތަކުރާރު ކުރާކަށް ރާއްޖޭގެ ފުލުހުންނާ ސިފައިން އަބަދު އެދި ތިބޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އަދި އެއީ މިހާރު ތިޔަ ޖަހާ ހިސާބުން ދައްކާ ވަރަށް ރާއްޖޭގެ ވެރިކަމަށް ނާޒިމް ގެންނަން ފުލުހުންނާ ސިފައިންގެ ވޯޓު ނާޒިމަށް ދޭނެ ކަމަށް ހީވާނަމަ ތިޔަހުރީ ތިމާއަކީ ލައްކައެއް ކަމަށް ތިމާއަށް ހީވެފައެވެ. 

އެމްޑީޕީ އުފެދުމާއެކު ފުލުުހުން ވަކި ހިދުމަތަކަށް ހަދާ އެ މީހުންނަށް ތަމްރީނު ދިނީ އެމްޑީޕީއަކީ ގައުމުގެ ދުޝްމަނުންގެ ގޮތުގައި ބުނެދީގެންނެވެ. އޭރު އެ ތަނުގައި ބަސް ކިޔަން އުޅުނު އަބްދުﷲ ރިޔާޒާ ނާޒިމް ދިވެހިންނަށް ފެނުނު ބޮޑު މަންޒަރުގައި ތިބީ ވަރަށް ހުތުރު ކޮންނެވެ. އަނިޔާވެރި ޖައްބާރު ބާގީންގެ ގޮތުގައެވެ. 

އެމްޑީޕީއާ ނުރުހޭ ފުލުހުން ތިބޭނެއެވެ. އަންނި ނެތީމާ އެކަން މިހާރު ހިސާބަކަށް ހިހޫ ވާނެތާއެވެ؟ އެމްޑީޕީ ދެކެ އަންނަ ރުޅީގައި މިބުނާ ފުލުހުންނާ ސިފައިން ރައީސް ޞޯލިޙަށް ވޯޓް ނުދީފާނެއެވެ. އެހެން ވިޔަސް ހޮވެން ގާތްވެސް ނުވާ ނާޒިމް ސޯއަށް އެ މީހުން ވޯޓްދޭނެ ކަމަށް ނުބަލާށެވެ.

ފުލުހުންނާ ސިފައިންނނަކީ ސޯގެ މީހުންނެއް ނޫނެވެ. އެއީ މައުމޫނު ފަލްސަފާއިން އުފަންވި ޔާމީންގެ މީހުންނެވެ. ނާޒިމް ސޯއާއި ރިޔާޒް ސޯއަކީ ވެސް މައުމޫނީ އުފެއްދުމެވެ. ނާޒިމް ސޯ ކުރި މާމޮޅު ކަމެއް އޮވެގެން ވޯޓުލާން ތިބިއްޔާ ތިބޭނީ ޖޭޕީގަ އާއި ޕީޕީއެމާއި އެމްއާރްއެމް ގައެވެ. އެ އެންމެންގެ ކެންޑިޑޭޓަކީ ނާޒިމް ނޫންކަން ނާޒިމަށް އެނގޭނޫން ހެއްޔެވެ؟

]]>
Sat, 08 Apr 2023 14:22:16 +0500 ހީރަސްނިއުސް
ބޮންޑެއަށް: އެކްސްޕަޔަރ ނުވަނީސް ކުނިވީ ނަޝީދު https://heerasnews.com/1205 https://heerasnews.com/1205

މާފަންނު މެދު ދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު (ބޮންޑޭ)ގެ ނަޒަރުގައި ރައްޔިތުންނަކީ ރައީސް ނަޝީދެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ރައީސް ނަޝީދަށް ހިދުމަތް ކުރުމެވެ. ރައްޔިތުންނަށް ކަންކަން ކޮށްދިނުމަކީ ރައީސް ނަޝިދަށް ކަންކަން ކޮށްދިނުމެވެ.

ބޮންޑޭ ދެކޭގޮތުގައި ގާނޫނީ ސަރުކާރަކީ ނަޝީދާ އަޅާ ބަލާއިރު އެއްވެސް އެއްޗެއްނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންގެ މައްސޫލިއްޔަތަކީ ވެސް އެމްޑީޕީގެ ރައީސް ނަޝީދަށް ވެރިކަން ހޯދާދިނުމެވެ. ރައީސް ނަޝީދުގެ ވަށައިގެން އަބަދު މުގޯލި އެޅުމެވެ. ރައީސް ނަޝީދު ނޫނީ އެއްޗެއް އެގޭ އުޑެއްބުޑެއް ދަންނަ މީހަކު ނެތްކަމަށް ދުށުމެވެ. ރާއްޖޭގެ ހުރިހާ ކަމެއް ރައީސް ނަޝީދު ގަޔަށް ހެޔޮވަރަށް ފަހާ ކޯޓަކަށް ހެދުމެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރުމަކީ ރައީސް ނަޝީދަށް މޮޅުވާހާ ގޮތްގޮތާ ވެރިކަން ހޯދާދިނުމަށް މަސައްކަތްކުރުމެވެ. ރައީސް ނަޝީދުގެ ވެރިކަމެއް ނޫނީ ވިއްޔާ ސަރުކާރަށް އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑުކުށެކެވެ. އާނއެކެވެ. ސަރުކާރު ނިސްބަތްވާ ޕާޓީއެއްގެ މެމްބަރަކު މަޖިލީހަށް ހޮވުނޭ ކިޔައިފައި ރައީސް ނަޝީދު ވެރިކަމުގައި ނެތިއްޔާ އެ މެމްބަރަކު ސަރުކާރު ދިފާއުގައި މަސައްކަތް ކޮށްގެން ނުވާނެއެވެ.

ރައީސް ނަޝީދުގެ ވެރިކަމެއް ނޫނީ ވިއްޔާ ސަރުކާރުން ނުކުރާ ގޯސް ކަންކަމަށް ދަންދެން ކުރިކަމަށް ހަދައިގެން ފިތުނަ ފަސާދަ އުފައްދަން ވާނެއެވެ. ރައީސް ނަޝީދުގެ ވެރިކަމެއް ނޫންނަމަ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ޝައްކު އުފައްދާ ނަފުރަތު އުފައްދަން ޖެހޭނެއެވެ. ނަޝީދަށް ނެތް ވެރިކަމަކުން ކުރާ އެއްވެސް ރަނގަޅު ކަމެއްގެ ވާހަކަ ދައްކާ އެ ސަރުކާރަށް ރައްޔިތުންގެ އިތުބާރާ ލޯބި ލިބުނަ ދީގެން ނުވާނެއެވެ.

ތެދެކެވެ. ބޮންޑޭ ބުނާހެން " ގިނަ މެމްބަރުންނަކަށް ރައްޔިތުންގެ މަޖިލީހުގެ މި ކޮންސެޕްޓެއް ވެސް އޮޅުމެއް ނުފިލަ" އެވެ. އެމްޑީޕީ މަޖިލިސް މެންބަރުންނަކީ ބޮންޑޭމެންހެން ރައީސް ނަޝީދަށް ގުލާނު ކުރަން ވައްދާފަ ތިބޭ ބައެއް ކަން ނޭނގުމަކީ ކޮންސެޕްޓް އޮޅުމެވެ. ރައްޔިތުނަށް ހިދުމަތް ކުރުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ގާނޫނީ ސަރުކާރަށް އެއްބާރުލުން ދިނުމަކީ ހަގީގަތުގައި ރައްޔިތުންނާ ޖައްސާލުން ކަމަށް ވަނީ ވެރިކަމުގައި ހުރީ ރައީސް ނަޝީދު ނޫން ވީމައެވެ.

ބުނަން ހެއްޔެވެ. ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން އަދި ކުންފުނި ތަކުގެ ވެރިން ރައީސް ނަޝީދަށް ބޮންޑޭމެންހެން އަޅުދާސް ނުވުމަކީ ރައްޔިތުންނާ ޖައްްސާލުން ކަމަށް ބޮންޑޭއަށް ހީވާނެއެވެ. ބޮންޑޭމެނަށް ރައްޔިތުންނަކީ ރައީސް ނަޝީދު ވިއްޔާއެވެ. ހަމަތެދެކެވެ. ބޮންޑޭ ބުނާހެން ސަރުކާރަކީ ވަކި މުއްދަތެއް ޖަހާފައި އޮންނަ އެކްޕަޔަރ ވާ އެއްޗެކެވެ. ސަރުކާރު ވެސް އެކްސްޕަޔަރ ވާނެއެވެ. އެކަމަކު ހަގީގަތުގައި ނަޝީދު އެކްސްޕަޔަރ ނުވަނީސް އޮފު ކެނޑިއްޖެއެވެ. ކުނިވެ ފުޅަވެއްޖެއެވެ. ގޮނޑަށްލާ ފައްސާ ނަގާލައިފިއެވެ.  

]]>
Fri, 07 Apr 2023 16:50:00 +0500 ހީރަސްނިއުސް
އައިސީޔޫއަށް ލާފަ އަތްޖެހި މީހުން ގާސިމް ހުލި ކުރުމުގައި https://heerasnews.com/1197 https://heerasnews.com/1197 މަކަރާ ހީލަތާ ވައްކަމަށް ވެސް މޮޅިއްޔާ މޮޅޭ ބުނަން ވާނެއެވެ. ކުރީގެ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް އަންނާނެ ކަމަށް މީހަކު ހީވެސް ނުކުރެއެވެ. މީހާގައި އައިބު ކޮރުކަމެއް ހުރެގެންނެއް ނޫނެވެ. ކަމުގެ ދޮގުތެދު އޮތްތަނެއްގައި ބާއްވާށެވެ. އޭރު އޮތް ގޮތަކީ، ލެއްވިހާ ވިޔާނުދާ ކަމެއްގެ ނަމުން ނޫނީ ރައީސް ޔާމީނު ދަންނަ މީހަކު ގައުމުގައި ނެތުމެވެ.  

އެހެން ހުރި މީހަކު ފިރުކެމުން ހޭވެމުން ލޫދެމުން އައިސް ރާއްޖޭގެ ވެރިކަން ހޯދާނީ އެ ގޮތަށް އެކަން ކުރުމަށް ވެސް މީހާގައި ފިސާރި ކުޅަދާނަ ކަމެއް ހުރެ އެހެން މީހުންނަށްވުރެ އެކަމުގައި ތޫނުފިލި ވީމައެވެ. ދިވެހިރާއްޖޭގެ ވެރިކަން ކުރި ލިސްޓްގެ 100 ވަނައަކީ ޢަބްދުﷲ ޔާމީން ޢަބްދުލް ޤަޢްޔޫމެވެ. ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް ފައްޓަވާ ކުރިއަށް އެވަޑައިގަންނަވަނީ އާ ފެށުމަކުން 101 އިން ފައްޓަވައިގެންނެވެ.

ތިންބަހުގެ ވަޒަނަށް ނުފެތޭ ދެނަމުން ފުރިހަމަވާ ނަންނަމުގެ ވެރިން ޑިމޮކްރަސީގެ ޙަޔާތުގައި މި ފެނުނީ ފުރިހަމަ ނުވާ ބައި ކުޅަބައި ވެރިންގެ ގޮތުގައެވެ. މުޙަންމަދު ނަޝީދަކާއި މުޙަންމަދު ވަޙީދެކެވެ. ދެން މި އުޅުއްވަނީ އަބަދު އެކަމާ އުޅުއްވާ ދެނަމުގެ ވަޒަނުން ނަން ކިޔޭ ގާސިމް އިބްރާހީމެކެވެ.

ސިޔާސީ ގޮތުން ވިޔަސް ހަމައެއް ލަމައެއްގައި އޮންނަ ދެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި ޕީޕީއެވެ. އެއީ އަކީ ދުވަހަކު ވެސް އެކުވެ ކޯލިޝަން ހަދާ ބައެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ އުދަރެހުގެ ދެބިތެވެ. އެއީ އެއްވެވޭނެ އެއްޗެއް ނޫނެވެ. އެއް ވެގެން ރާއްޖެއަށް ރަނގަޅެއް ވެސް ނުވާނެއެވެ.

ސަރުކާރުން ބައި ހޯދަން ކޮންމެ ބަޔަކާ ވެސް ބައިއަތު ހިފާ އުޅޭ މަޝްހޫރު ޕާޓީ އަކީ ގާސިމް އިބްރާހީމްގެ ޖޭޕީއެވެ. ގަބޫލު ކުރާ ވަކި ފަލްސަފާ އެއް ހަމައެއް ލަމައެއް ނެތި އެންމެނާ އިނދެ 3 ފަށްވެ ފަށްކެނޑި ވަރުން ވިޔަޔާދާ މީހަކު ގާތް ނުވާ ހިސާބުގައި އޮތް ޖުމްހޫރީ ޕާޓީއެވެ.

ޖުމްހޫރީ ޕާޓީއަކީ ފެށުމުގައި ހަމަ ރަނގަޅު ބަޔަކު ބުރަ މަސައްކަތުން އުފައްދާ ހިންގި ޕާޓީ އެކެވެ. އެހެން ނަމަވެސް އެ މީހުން އެއް ފަރާތްކޮށް އެ ޕާޓީގެ މަތިފަޑިއަށް އަރާ އެތިބީ ކޮން ބައެއްކަން މިއަދު ދެކިބަލާށެވެ. އެއީ ރައީސް ޔާމީނުގެ އަރިސް ބޭފުޅުންނެވެ. 2018 ގެ އިންތިޚާބުން ޕީޕީއެމް ބަލިވިތަނާ އައިސް ކުނޫޒަށް ވަދެގަތް ތާޅަވަޅަ ގަނޑެއް ފަދަ ބައެކެވެ. ރައީސް ޔާމީންގެ ކުޅަދާނަ ވިސްނުމުގެ ވާހަކަ ކުރިން ބުނެފީމެވެ. މިބައި މީހުން އައިސް އެ ތިބީ  ރައީސް ޔާމީންގެ ދުރުވިސްނޭ ޙިކުމަތުގެ ދަށުން ނޫންކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟

ޖުމްހޫރީން ރިޔާސީ އިންތިހާބަށް މިފަހަރު ނިކުންނަނީ ގައުމު އަޅުވެތިކަމުން ސަލާމަތް ކުރަން ކަމަށް ޖުމްހޫރީގެ ނައިބު ލީޑަރެއް ކަމަށްވާ އިގުބާލު އާދަމު ބުނެފައި އެބައޮތެވެ. ޖުމްހޫރީ ޕާޓީ ބައިވެރިވެ ބަސްކިޔާ ސަރުކާރަކުން ރާއްޖެ އަޅުވެތި ކުރާކަމަށް ވެގެން ބައިވެރިވާ ސަރުކާރާ ދެކޮޅަށް އެ ވާހަކަ ޖުމްހޫރީ ލީޑަރޝިޕުން ދައްކާ ރައީސް ޔާމީނަށް އިންޑިއާ އައުޓް ކެންޕެއިން ޖުމްހޫރީން ފަށާ ދިނީމާ ޖުމްހޫރީގެ މަތިފަޑި އޮތްގޮތް އެބަ އެނގޭ ނޫން ހެއްޔެވެ.

ގައިމުވެސް އެ މީިހުންނަކީ ސްޓްރެޗަރަކަށް ފަސްތަން ބަނދެ އައިސީޔޫއަށް ގާސިމް ލާ ދަންވަރު ހުކުމް ކުރިއިރު "ހިނިގަޅަން" ތިބި މީހުންނަށް ނުވެއެއް ނުދާނެއެވެ. ކަމަކާ މިނަށްވުރެ ދަހިވެތިވެ ފޫޓަކަށް ދޫނިކުތީމާ އިވޭނެ އަޑެއް ފެންނާނެ އެހެން ތަނެއް ގާސިމެއް ކަމަކު ނޯވެއެވެ. 

އިއްޔެ އިރު އޮއްސެނިކޮށް ކޯލިޝަން ހަދާށޭ ކިޔާ ތިބިއްޔާ ތިބި ބަޔަކަށް ގާސިމް ދައުވަތު ދިނެވެ. ރަތްވިލާ ނުއޮއްސެނީސް ޕީޕީއެމް ނޯ ޖަހަތްޕެވެ. އިރު ކޮޅަކުން ކާނަލް ނާޒިމާއި އުމަރު ނަޞީރު ވެސް އަތުން ފައިން ހޯހޯ ގޮވައިފިއެވެ. ޕާޓީއެއް ވިޔަސް މީހެއް ވިޔަސް ގޮތެއް ހުންނަން ޖެހޭނެއެވެ. 

ނިންމާލަމުން ދިވެހި ރައްޔިތުން ގާތު ބުނަމެވެ. ރައީސް ޔާމީންގެ ޕީޕީއެމްގެ 5 އަހަރު ދެކި، މިހާރު ތިޔަ ދެކެނީ ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙްގެ އެމްޑީޕީ ވެރިކަމުގެ 5 އަހަރެވެ. ރަނގަޅީ އެގޮތްތޯ މިގޮތްތޯ ވިސްނުމަށް ފަހު ގޮސް ވޯޓުލާން އޮތީ ދެގޮތެވެ. އެހެންޏާ ޕީޕީއެމް ކުލައިގެ ބަޅު ރުކަށެވެ. އެގޮތް ކަމުނުދާ މީހުން އެމްޑީޕީގެ ތިލަފަތަށް ވޯޓުލާށެވެ.

ދުނިޔޭގައި އޮންނަނީ ރަނގަޅާ ނުބައެވެ. އައްޔާ އަނދިރިއެވެ. އާޚިރަތުގައި ސުވަރުގެ ނޫނީ ނަރަކައެވެ. ދެފެންދޭތެރެ އަކީ މުނާފިގުން ފަތާތަނެވެ.

]]>
Tue, 04 Apr 2023 17:01:57 +0500 ހީރަސް
ހަ އަނގަ ޖަމީލުގެ ހޮޅި ޓްވީޓް https://heerasnews.com/1193 https://heerasnews.com/1193 ރަސޫލު ޒަމާނުގައި ދޮގު ހެދުމުގައި އުއްމު ޖަމީލު ވަރެއްނެތެވެ. އޭނާގެ ދޮގުވެރިކަން ބޮޑުވެގެން ގޮސް އެކަން މީސްތަކުންނަށް މައުރިފާ ކޮށްދެއްވުމަށް ލަހަބު ސޫރަތް ބަވާލެއްވިއެވެ. ދުނިޔެ އޮތްހާ ދުވަހަކު އެއާޔަތްތައް ކިޔެވޭ ގޮތުގައެވެ. 

އަދުލާ އިންސާފަކީ އުއްމު ޖަމީލު ފަދަ ޖަމީލަކު ދައްކާ ވާހަކައެއް ދެކޭ ގޮތެއް ނޫނެވެ. ނަމުގެ ކުރިޔަށް ހަތަރު ޑރ ޖެއްސަސް މި ޒަމާނުގައި ހައަނގަ ޖަމިލަށްވުރެ ވަކީން ބޮޑު ދޮގުވެރިއަކު މަދުވާނެއެވެ. އެހެރަ ބޮޑު ނިތަށް ރުލެއްވެސް އަރުވާނުލާ ފަތިފައްޗަށް މަތިމައްޗަށް ދޮގު ހަދާލުމަކީ ޖަމީލަށް ދާދި ފަސޭހަ ކަމެކެވެ. 

ފާޅުކަން ބޮޑު ގޮތެއްގައި އާއްމު ތަންތާނގައި އަޑަށް ބާރުލާ ވަގަށް ގޮވާ މަގުމަތިން ހުކުން ކުރި މުޖުރިމު ޔާމީނު މައުސޫމަކަށް ހަދަން ޖަމީލު ނިކުމެ ހުންނާނީ ގައިމު ދޮގުފަށެއް ހަދައިދީގެންތާއެވެ. ޖަމީލުގެ މައްޗަށް ޔާމީނު ވެސް ހިތްހެޔޮ ނުވާނެކަން ހަތް ހުވާކޮށްފައި ބުނަން ކެރޭހާވެއެވެ.

އެހެން ނުވަނީ ކީއްވެ ހެއްޔެވެ. ޖަމީލުގެ ނަޒަރުގައި ޔާމީނަކީ ވަގު ބުޅަލެކެވެ. ފާސިގެކެވެ. ޚާއިނެކެވެ. ގާތިލެކެވެ. ޠާގޫތެކެވެ. ދައްޔޫސެކެވެ. ޖަމީލު ބުނި ގޮތުން ދިގު މުއްދަތަށް ޔަމީނު އޮންނަން ޖެހޭނީ ޖަލުގައެވެ، މިއްޔަކީ މަށަކު ދައްކާ ވާހަކައެއް ނޫނެވެ. އެކިތަންތާ އެކިފަހަރު ޔާމީނަށް ނިސްބަތްކޮށް ޖަމީލު ދައްކާފައި ހުރި ވާހަކައެވެ.

އަމިއްލަ ޒަމީރު ގަބޫލުނުކުރާ ކަންތައް ތަކެއް ކުރިން ވާހަކަ ދެއްކި ގޮތާއި ހިލާފަށް ކުރުމަށް މީސްތަކުން ކުރިމައްޗަށް ނިކުންނާނީ ލަދެއް ހަޔާތެއް އަމިއްލަ ނަފްސްގެ އަގެއް އަމްދުން ނެތީމައެވެ. ފައިސާ ލިބުނަސް އެ ވަރަށް ޔާމީނަށް ކުނިފުޅަ ގޮވާފާ އެއީ ނުވާ ކަމަކަށް ހަދަން ޖަމީލު އުޅޭނީ ހާދަ ގޮތްކުޑަ ވީމައެވެ. 

ޔާމީނުގެ ދިފާއީ ވަކީލަކަށް ވެގެން ހުރެ ދައުލަތް ދަވާލައިގެން ޔާމީނު ދިރުވާލި ލާރިގަނޑު ދައުލަތަށް ލިބުނަ ނުދޭން އެއް ރޮއްޖަން ފޫގަޅައިގެން ޖަމީލު ހުރި އިރު އަމިއްލައަށް ބަރަހަނާ ވެވޭކަން ނޭނގޭ ވަރަށް ޒައްގޫމު ކެވޭކަން ވެސް އެފަކީރަށް ނޭނގެއެވެ. ބުންޏަސް އަޑެއް ނީވެއެވެ. ކޯޓުން ކުރާ ހުކުން ހަރާންކޮށްގެން ހަލާލު ހުކުން ހޯދަން ކޯޓަށް ދުވަނީ ޔާމީނު އަތުން ކިހާލާރިއެއް ކައްވާލާނަމޭ ހިތާހެއްޔެވެ.

ނުތާހިރު ނަޖިސް ފެންގަނޑެއްގެ ތެރެއަށް ތޯހިރު ތޯލާއެއްހާ ފެން އެޅުނަސް އެފެންވެސް ވަނީ ނަޖިހެވެ. އެހެނަސް ޔާމީނު ދައުލަތުން ކައްވާލައިގެން ދައުލަތަށް ދައްކަން އަމުރުކޮށްފައިވާ މިލިޔަން ޑޮލަރުގެ ތެރޭގައި ހުއްދަ ގޮތުގައި ހޯދި ފައިސާ ވެސް ހުންނާނެއޭ ބުނަން ޔާމީނަށްވާ އެގިއްޖެއެވެ. ޖަމީލަށް އެވަރު ވެސް ނުވިއެވެ. 

ޖަމިލުގެ މިހާރުގެ ކަމަކީ ދެއިރު ކާ ބޭހެއްހެން ރައީސަށް ވަގަށް ގޮވުމެވެ. މައުމޫނު ރައީސް ކަމުގައި ޖަމީލު ކަމަކީ މައުމޫނަށް ވަގަށް ގޮވުމެވެ. އަންނިއަށް ވެސް ހުއްޓާ ނުލާ ގޮވީ ވަގަށެވެ. ޔާމީނަށް ނިސްބަތްކޮށް ހުތުރުވެގެން ނުދައްކާ އެއް ވާހަކަ ނެތެވެ. ޔާމީނަށް ވަގަށް ނުގޮވާ ރާގެއް ތަނެއް ނެތެވެ. ރައީސްކަމުގައި ތިބޭ މީހުން ދެކެ ޖަމީލު މިއަރަނީ ހާދަ ރުޅިއެކެވެ. ރައީސް ކަމަށް ފެން ބޮވިޔަސް އެއްޔަކީ މީހުން އުޅޭ ގޮތެއް ނޫނެވެ. 

އެންމެ މަޖަކަމަކީ އެހެން މީހުން ދޮގުހަދާ ވާހަކައާއި ސާބިތު ނުހިފޭ ވާހަކަ، ދައްކާ ވާހަކަ ޖަމީލު ހުއްޓާނުލާ ދައްކާ ޓްވީޓް ކުރުމެވެ. އެ ވާހަކަ ދައްކަން ކޮށި އަރައިގެން އުޅެން އެންމެ ތާހީރީ ހައަނގަ ޖަމީލެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ޔާމީނު މިނިވަން ކުރާނަމޭ ކިޔާ މޭފުއްޕިޔަސް ބަޅުރުކު ކުދިންވެސް ޖަމީލު ކިޔާ އެއްޗަކަށް ނުބަލައެވެ. ތިޔަ ޖަމީލަކު ދައްކާ ވާހަކައެއް އަހައިގެން ބަސް ގަބޫލު ކުރާނޭ އާދަމު ދަރިއަކު އުޑުބަޅުކުރެއްވި ހިސާބުގައި މިހާރަކު ނޫޅެއެވެ. ހޭޅިވަލު ކަނބިއްޔެއްހެން ގޮވާލަ ގޮވަލާ ހުންނާށެވެ.

]]>
Sun, 02 Apr 2023 21:12:00 +0500 ހީރަސް
ލޯޔަރ މާއްޓޭގެ ރައްދެއް: ދިޔާނާއަށް https://heerasnews.com/1190 https://heerasnews.com/1190 ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ކޯލިޝަން ޕާޓްނަރުންނާއި އެކު ކޯލިޝަން ހެއްދެވީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ބުނެ ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދު ދައްކަވާ ހުއްޖަތުގައި ފެނެއް ނުހިފައެވެ. ދިޔާނާ ވިދާޅުވާ ގޮތުން " ވީމާ އެ މުއްދަތު ހަމަ ނުވަނީސް ކޯލިޝަން ޕާޓީތަކަށް ނިސްބަތްވާ މީހުން އެ މީހުން ތިބި މަގާމު ތަކުން ވަކިކުރުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން" ކަމުގައި ވާނެ ކަމަށެވެ. 

ދިޔާނާ މި ދައްކަވަނީ ކޮންކަހަލަ މޮޔަ ވާހަކަފުޅެއް ހެއްޔެވެ. އެއްބަސްވުމަކީ އެއްފަރާތުން އަމަލު ކުރަންޖެހޭ އެއްޗެއް ނޫނެވެ. އެއްބަސް ވުމެއް ހަދަނީ ދެ ފަރާތެއް ނުވަތަ އެއަށް ވުރެ ގިނަ ފަރާތް ތަކެއް އޮވެގެން އެންމެންމެ އެއަށް އިހުތިރާމްކޮށް އަމަލުކުރުމަށެވެ. 

ދިޔާނާގެ ދެއުޅި އެއްނުވާ އެވާހަކަފުޅަށް ރައްދު ދެއްވީ ލޯޔަރ މައުރޫފް (މާއްޓޭ)އެވެ. މާއްޓޭ އެ ވިދާޅުވަނީ ތެދުފުޅެކެވެ. އެ ވާހަކަފުޅުގައި އާރުލައެވެ. ފެން ހިފެއެވެ. 

މާއްޓޭ ވިދާޅުވަނީ " އެހެން ކަމަށް ވާނަމަ 5 އަހަރު ހަމަވަންދެން ރައީސާއެކު ތިބެންވެސް ވާނެތާ" އެވެ. އެއްބަސްވި ދައުރު ފުރިހަމަ ނުވަނީސް ރައީސާ ވާދަ ކުރަން ނިކުތުމަކީ ވެސް ކޯލިޝަން އެއްބަސްވުމާ ހިލާފުވުން ކަމަށް މާއްޓޭ ވިދާޅުވެއެވެ. "ކޯލިޝަން އެގްރިމެންޓް އެއީ ވަންވޭ ގޯޅިއެއްތޯ" މާއްޓޭ ސުވާލު އުފެއްދެވިއެވެ. 

ބުނަން ހެއްޔެވެ. މާބޮޑެތި ގާނޫނީ ވާހަކަ ދައްކަވާ ވަރަށް ވުރެ ދިޔާނާ ސައީދުމެންގެ ތައައްސަބު މާބޮޑެވެ. ދިޔާނާމެންގެ ގާނޫނީ ބުރަދަން އުޅުއްވާލެއް އައްޗިކަމުން އަމިއްލަފުޅަށް ވަނީ ނަގާލާފައެވެ. ދިޔާނާމެން ދައްކަވާ ވާހަކަ ފަނޑިޔާރުންގެ ބެންޗެއް ކީއްކުރަން ހެއްޔެވެ. ދަތްޕުކު ރޮނޑެއްވެސް މިހާރަކު ގަބޫލެއް ނުކުރާނެއެވެ. ނާހާނެއެވެ. 

2012 ގައި ކުރި ބަގާވާތުގައި ޖުމްހޫރީ މައިދާނުގައި ކަނޑިކި ނަގައިގެން އުޅުނު އުޅުން ވެސް ތިޔަހެން މިހާރު ދައްކަވާ ގާނޫނީ ވާހަކަފުޅު ތަކަށްވުރެ ދިޔާނާއާ މާ ބޮޑަށް ގުޅެއެވެ. މާ ރަނގަޅަށް ފެން ހިފައެވެ.  

]]>
Sun, 02 Apr 2023 02:42:57 +0500 ހީރަސް
ސިޔާސީ މަގާމުތަކަކީ ތުޅާދޫ އަމީންގެ ތަރިކަ! https://heerasnews.com/1182 https://heerasnews.com/1182 ސިޔާސީ މަގާމުތަކަކީ ޖޭޕީގެ ނައިބު ލީޑަރ އަމީން އިބްރާހީމްގެ މައިފުނަ ތަރިކައެއް ނޫނެވެ. ވަޒީރުކަމަށް މީހުން އިސްކުރުމާއި ވަކިކުރުމާއި އިސްތިއުފާ ގަބޫލުކުރުމަކީ މީދޫ އިބްރާހިމްފުޅުގެ އަމީނަށް ގާނޫނު އަސާސީ ދޭ ބާރެއް ނޫނެވެ. އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ ދީފާ އޮންނަ ބާރެކެވެ.

ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ބޭނުންވާ މަގާމުތައް އުފެއްދުމާއި އެ މަގާމުތަކަށް މީހުން ލުމާއި ވަކި ކުރުމުގެ ބާރު ގާނޫނު އަސާސީގެ 115 ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ތުޅާދޫ އަމީނަކަށް ނޫނެވެ. 

ޖުމްހޫރީ ޕާޓިން ސަރުކާރާއެކު ކޯލިޝަން ނުހަދަން ނިންމިޔަސް އެ ޕާޓީގެ ސްލޮޓުގައި ތިއްބެވި ބޭފުޅުން ސިޔާސީ މަގާމުތަކުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށް އަމިނު އިބްރާހީމް ބުނީމާ އަމީނުގެ ގަމާރުކަން ކިތަންމެހާވެސް ބޮޑަކަށް އެގެއެވެ. އަމްދުން  ޖުމްހޫރީ ސްލޮޓްގައި ސިޔާސީ މަގާމެއްގައި ސަރުކާރުގައި ހުންނަ އެއްވެސް މީހަކު ވަކި ނުކުރެވޭނެ ކަމަށް ބުނިއިރު އަމީނު ހަމަތޯ ސުވާލު އުފެދެއެވެ. 

ދައުލަތުގެ މަގާމުތަކާއި ސިވިލްސާރވިސްގެ މަގާމުތަކާއި އައްޔަނުކުރާ ސިޔާސީ މުއައްޒަފުންގެ ތަފާތު އަމީރު އަމީނު ހެދިގެން އުޅޭ އަމީނަކަށް ނޭނގެއެވެ. ސިވިލްސާރވިސް މުއައްޒަފުން އައްޔަނުކޮށް ބަދަލުކޮށް ވަކިކުރަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ރައްޔިތުންގެ މަޖިލީހާއި އެހެނިހެން އިންތިހާބީ މަގާމުތަކާއި ޖުޑިޝަރީއަކީ ރައީސް މީހުން ކަނޑާ އެއްކުރާ ތަންތަނެއް ނޫނެވެ. މަޖީލީހުން ފާސްގެން އައްޔަނުކުރެވޭ މިނިވަން މުއައްސަސާތަކަކީވެސް ސަރުކާރުގެ ބައެއް ނޫނެވެ. ވަޒީރުން އައްޔަނުކޮށް ވަކިކުރުމާއި ގާނޫނު އަސާސީގެ 115 ގެ ދަށުން ސިޔާސީ މަގާމު ދިނުމާ ވަކިކުރުމަކީ ރައީސްއަށް ލިބިފައި އޮންނަ ބާރެކެވެ. ދައުލަތުގެ މިލްކުވެރި ކުންފުނި ތަކުގެ ހިންގާ ބޯޑު އެކުލަވާ ލުމުގައިވެސް ރައީސްއަށް ބޮޑެތި ބާރުތަކެއް އޮވެއެވެ.     

އަނގަފުޅާކޮށްފައި އަމީނުމެން އެއްޗެއް ބުނާއިރު ވަކި ފިކުރަކަށްވީތީ މަގާމުން ވަކި ނުކުރާނަމޭ ރައީސް ވިދާޅުވީ ކޮންބައެއްގެ ވާހަކަ ހެއްޔެވެ. ކީއްވެ ހެއްޔެވެ. އެނގޭހެއްޔެވެ. ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އާއްމު މުއައްޒަފުންނާއި ސިވިލްސާވިސް މުއައްޒަފުންގެ ވަޒީފާއާއި ޔާމީނު ސަރުކާރުން ކުޅެމުން ގޮސްފައިވަތީ ރައީސް ސޯލިހު ވިދާޅުވީ އެކަން ނުކުރައްވާނެ ވާހަކަ ކަމެއް އެހެން ބުނާ އެއްވެސް ބުރާންޗަކަށް ނޭގެއެވެ. 

ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން އިސްކޮށްފައި ތިބޭމީހުން އެކަން ނުކޮށް އެހެން ކަމަކާ އުޅެން ފެށީމާ އެ މިހުން ވަކިކޮށް އެހެން ބަޔަކު އައްޔަނު ނުކުރޭވޭ އެއްވެސް ހަމައެއް ދުނިޔޭގެ ތާކު ނުއޮންނާނެއެވެ.

ރައީސް ސާލިހުގެ ސިޔާސަތު ފަސްއަހަރު ވަންދެން ތަންފީޒްކޮށް ދިނުމަށް ވައުދާ އަހުދުވެގެން އުޅެފައި ސަރުކާރުގެ ސިޔާސަތުތައް ބޮލާލަޖަހާ އެހެން މީހެއްގެ އެޖެންޑާ ޕްރަމޯޓް ކުރަން ފެށުމެކޭ ހަލާލު އަނބި މީހާ ހަށިވިއްކަން ނިކުތުމެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ. 

އިއްޔެ މަޖިލީހުގައި ރާއީ ވިދާޅުވީ ޖޭޕީއަށް ނިސްބަތްވާ އިތުރު ވަޒީރުންނާއި ތަންތަނުގެ ވެރިން ޕާޓިން ވަކިވެ ސަރުކާރާ ގުޅެން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރާއީ ވިދާޅުވީ މަޖިލީހުގައި ގާސިމް ދިފާއުކުރަން ވެސް މަޖިލިހުގައި ތިއްބެވީ ދެތިން ބޭފުޅުން ކަމަށެވެ. އެހެންކަމުން ރީތި ގޮތަކީ ގާސިމް ސަރުކާރާ ގުޅި އިންތިހާބު ކާމިޔާބު ކުރުން ކަމަށް ރާއީ ވިދާޅުވިއެވެ.

]]>
Thu, 30 Mar 2023 16:25:33 +0500 ހީރަސް
ރައީސް ރިއެކްޓް ކުރެއްވީމާ ހަޖަމެއް ނުވި! https://heerasnews.com/1180 https://heerasnews.com/1180 ކަންކަމުގައި ރައީސް ރިއެކްޓު ނުކޮށްގެން ބަޔަކު ލައްކަ ފޮނުއެރުވިއެވެ. އެމްޑީޕީ އިސްވެ އޮވެ ހިންގާ ވެރިކަމަކަށް ވެގެން އެމްޑީޕީއަށް ނިސްބަތްވެގެން ތިބީތީ ސަރުކާރުން މަތީ މަގާމުތައް ހޯދައިގެން ތިބެ ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެންނަން ބަޔަކު ހުއްޓާނުލާ ދަނީ މަސައްކަތްކުރަމުންނެވެ. އެ ބަޔަކު އެމްޑީޕީގެ ތެރޭގައި ތިބެ ބަގާވަތް ކުރަމުން އަންނަތާ ކިހާދުވަހެއް ހެއްޔެވެ. އެމްޑީޕީ މީހުނަށް ވީތީ އެ މީހުނާ މެދު އިސްލާހީ ފިޔަވަޅެއްވެސް އެޅިގެން ނުވެޔޯލައެވެ. އެމްޑީޕީގެ ސްލޮޓެއްގައި މަގާމު ދީފައި ހުރި މީހަކު މަގާމުން ވަތްކެއްވެސް ނުކުރެވޭނެ ޔޯލައެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. އެމްޑީޕީ މީހުންނަކީ ރައީސް ނަޝީދު ސްލޮޓް ދީގެން މަގާމު ދީފައި ތިބި މީހުން އެކަނިހެއްޔެވެ. އެމްޑީޕީގެ ސްލޮޓްގައި ވަޒީފާ ދިފާއިވާ އެމްޑީޕީ މީހަކު ރައީސަށް ހަރާންކޯރު ވާނަމަ އެމީހަކު ވަކިކޮށް އެމްޑީޕީގެ އެހެން މީހަކަށް ވަޒީފާ ނުދެވެންވީ ކީއްވެ ހެއްޔެވެ. ޕާޓީގެ މަސްލަހަތު ކުރިއަށް ނެރުއްވައިގެން ފިޔަވަޅެއް ނާޅުއްވާ އިސްލާހުވާން ރައީސް އެ މީހުނަށް ފުރުސަތު ދެއްވީ ކިހާވަރަކަށް ހެއްޔެވެ. އެކަމަކު ސަރުކާރުގެ އިސްސަފުގައި ތިބެގެން ސަރުކާރުގެ ވާގި ނައްތާލަން ޝިފާޒުމެން އަމްރުމެން ނުކުރަނީ ކީއްހެއްޔެވެ. އެކަހަލަ އެތައް ބަޔަކު އަދިވެސް އެބަތިއްބެވެ. 

ރައީސުލްޖުމްހޫރިއްޔާއަކީ ހަތަރެސްފައި ބަދެފައި ބަޔަކު ބުނާހާ ގޮތެއް ހަދަން ރައްޔިތުން އިސްކޮށްފައި ހުންނަ މީހެއް ނޫނެވެ. އެމްޑީޕީގެ ނަން ބޭނުންކޮށްގެން ބަޔަކު މީހުން ވަކި މީހަކަށް ވެރިކަން ހޯދާދޭން ރައީސުލްޖުމްހޫރިއްޔާ ގުރުބާން ކުރަން ފުރުސަތު ދޭނެކަމަށް ހީވަނީ ހެއްޔެވެ. 

އެމްޑީޕީއަށް ހިދުމަތްކުރާ މީހަކު ހިދުމަތްކުރާނީ އެމްޑީޕީއަށެވެ. ޕާޓީގެ މެޖޯރިޓީ މަސްލަހަތަށެވެ. ވަކިމީހަކަށް ނޫނެވެ. މިވަގުތު އެމްޑީޕީގެ މެޖޯރިޓީ އޮތީ ރައީސް ސާލިހާއެކުގައެވެ. އެންޑީޕީގެ އާއްމު މެންބަރުންނަކީ އެމްޑީޕީގެ މައިބަދައެވެ. އެމްޑީޕީގެ އާއްމު މެންބަރުންގެ މެޖޯރިޓީ މިއަދު އޮތީ ރައީސް ސާލިހަށެވެ. އެންމެ ފަހުން އޮތް ކޮންގްރެސް އިން އެކަން ސާފުވިއެވެ. ދާއިރާތަކުގެ މެޖޯރިޓީ އޮތީ ރައީސް ސާލިހާ އެކުގައިކަން ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮތްގޮތުން މާބޮޑަށް ސާފެވެ. ރައްޔިތުންގެ މަޖިލީގެ މެޖޯރީޓީ މެންބަރުންގެ ތާއީދުވެސް އޮތީ ރައީސް ސާލިހާއެކުގައެވެ. އަނެއްކޮޅުން އެންމެ ފަހުން އޮތް އެތެރޭގެ އިންތިހާބުތައް ކާމިޔާބުވެފައިވަނީ ރައީސް ސާލިހާ އެއްކޮޅަށެވެ. މިއަދުގެ އެމްޑީޕީގެ ހަގީގަތަކީ މިއެވެ. 

ހަގީގަތް ގަބޫލު ނުކުރެވިގެން އެތެރޭން ކުރަން އުޅުނު ބަގާވާތް ނާކާމިޔާބުވެ ފާޅުގައި ރައީސް ސާލިހާ ދެކޮޅަށް ނިކުމެ އެހެން ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން އެމްޑީޕީގެ ރައީސާއި ނައިބުރައީސް ނިކުތީމާ އެ ނައިބުރައީސް ގޮވައިގެން ރައީސް ސާލިހު ހުންނަވަން ޖެހޭ ސަބަބެއް ނެތެވެ. އަމްދުން ރައީސް ސާލިހު ދައުލަތް ހިންގެވުމުގައި ސަރުކާރުގެ ސިޔާސަތާ އިދިކޮޅު ބަޔަކު ގޮވައިގެން ދައުލަތް ހިންގަން އުޅޭކަށް ނުޖެހެއެވެ. ވަފާތެރިކަމެއް އިހުލާސްތެރިކަމެއް ނެތް ބަޔަކު އިސްކޮށްފައި ބައިތިއްބައިގެން އިސްލާހުވޭތޯ ލައްކަ މަސައްކަތް ކުރައްވައިފިއެވެ. 

ހަރާން ކޯރުން ވަކިކޮށް ފައްސާ ނަގާލަން ޖެހެއެވެ. ހަށިގަޑުގެ ގުނަނަކުން ކެންސަރުގެ އަލާމާތް ފެނިއްޖެނަމަ ބޭސްކޮށް ކީމޯދީ ހަދައިގެންވެސް ރަގަޅު ނުވުމުން ގުނަން ބުރިކޮށް ލައިގެންވެސް ކެންސަރުން ސަލާމަތް ވާން ޖެހެއެވެ. އެކަމުގައި އަމުރެއް ސިއްޕެއެއް އީވާއެއް ނަޝީދެއް ނުއޮންނާނެއެވެ. އެންމެ ފަހުން ރައީސް ރިއެކްޓް ކުރައްވަން ފެއްޓެވީމާ އެ ބައިގަބޑަށް ހަޖަމެއް ނުވިއެވެ. 

]]>
Wed, 29 Mar 2023 16:28:58 +0500 ހީރަސް
އަންނި ދެކެބިރުން ފިރުޝާންގެ ޝުކުރު އާޒިމަށް https://heerasnews.com/1175 https://heerasnews.com/1175 މެންބަރު ފިރުޝާން ހަމަ ހެއްޔެވެ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭ ގުޅާލުމުގެ އަމަލީ މަސައްކަތް މިސަރުކާރުން ކުރާތަން ފެނި ސޮނިވެއްޓެނީ ދޮގެއްތޯއެވެ. ދާއިރާގެ މެންބަރު ފިކުރު ދިރުވަން ރައީސް ނަޝީދުގެ ފޫބުޑުގައި ވަސްބަލަން ހުއްޓަސް ރައީސް ސާލިހު ރައްޔިތުންނަށް ދެއްވާ ހިދުމަތަކަށް ބަދަލެއް ނުގެންނަވައެވެ. ދައިރާ ރައްޔިތުންނަށް ކާކު ކުރަނީ ކީއްކަން އެނގެއެވެ. މެންބަރު ވާނުވާގައި ހުއްޓާ ދާއިރާ ތަރައްގީވެ ކުރިއަރަމުން އޮވެ އެ ދަނީއެވެ. 

ދާއިރާގެ މެންބަރަކީ ރައްޔިތުންނައިގެން އުޅޭ މީހެއްނޫންކަން ރައްޔިތުން ދަނެއެވެ. މެންބަރުގެ މަސައްކަތަކީ ދާއިރާއަށް މި ސަރުކާރުން ގެނެސްދޭ ތަރައްގީ ހުއްޓުވުންކަން ރައްޔިތުންނަށް އެނގެއެވެ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގައި ބްރިޖުގެ ފައުންޑޭޝަން ޕައިލް ޖެހުމުގެ މަސައްކަތް އެ ކުރުވަނީ ރައީސް ސާލިހު ސަރުކާރުންނެވެ. ފިކުރުގެ ދިރުމަކުން ނޫނެވެ. އާދަމް އާޒިމް އިސްވެ ހުންނަވާ އެމްޓީސީސީ އެ ކުރަނީ ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެވެ. 

އާދަމް އާޒިމް ހޯއްދަވާ ދެއްވަމުން އެގެންދަވަނީ ރައީސް ސާލިހުގެ ސަރުކާރަށް ހޯއްދަވާ ދެއްވާ ރައްޔިތުންގެ އިތުބާރާ ލޯތްބެވެ. ފިރުޝާންގެ ސިނކުޑީގައި އަށަގެންފައިވާ ފިތުނަޔާއި ހަސަދަ ވެރިކަމުން ރައީސް ސާލިހުގެ ސަރުކާރަށް ފިރުޝާން އައްސަރިބަހާއި ސާބަސް ނުދިނަސް މަޑަވެލި - ހޯޑެއްދޫ ރައްޔިތުން އެތިބީ ޝުކުރުން ފުރިފައެވެ. ރައީސް ސާލިހުގެ ސަރުކާރަށް ހިފެހެއްޓުމެއް ނެތް ތާއިދާ ސާބަސް ރައްދު ކޮށްކޮށެވެ. 

ދާއިރާ ތަރައްގީ ކުރުމަށް މެންބަރުގެ ހައިސިއްޔަތުން ފިރުޝާން ކުރާކަމެއް ނެތްކަން ރައްޔިތުންނަށް އެނގެއެވެ. ރައްޔިތުންގެ ލާބަޔާ މަންފާއަށް ލިބެން ހުރި އެތައް ފުރުސަތެއް ފިރުޝާން ހުރަސް އަޅައިގެން ނުލިބި ލަސްވެފައި ވާކަން ދާއިރާގެ ރައްޔިތުންނަށް އެނގެއެވެ. ފިކުރު ދިރުވައިގެން ފިރުޝާންމެން ގެންނަން ތިޔަ އުޅޭ ފިކުރެއް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. 

ކަށީގެ މަދުގައި ހިފައިފާވާ ފިތުނަވެރި ކަމުގެ ސަބަބުންނާއި އަންނި ދެކެ ބިރުން ދާއިރާގެ ރައްޔިތުންގެ ލާބައަށް ސަރުކާރުން ކޮށްދެމުން ގެންދާ އަގުބޮޑު ހިދުމަތަށް ސަރުކާރަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ސާބަހާ ޝުކުރު އަދާކުރަން އެނގުނީ މަސައްކަތުގެ ކޮންޓްރެކްޓަރަށެވެ. އާދަމް އާޒިމް ހީވަގި ކަމާއެކު އެ ކުރައްވަނީ ކީއްކަން ފިރުޝާނަށް އޮޅުނަސް ރައްޔިތުންނާއި ސަރުކާރާއި އާދަމް އާޒިމަކަށް އޮޅިގެން ނޫޅެއެވެ.

]]>
Sun, 26 Mar 2023 20:46:42 +0500 ހީރަސް
އެމްޑީޕީގެ ކެންސަރ: ފިކުރެއްގެ ދިރުން https://heerasnews.com/1174 https://heerasnews.com/1174 އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުރެ އެމްޑީޕީގެ ތެރޭގައި ހިންގާ އިދިކޮޅު ހަރަކާތް "ފިކުރެއްގެ ދިރުން" ކެންސަރެއް ގޮތުގައި އެމްޑީޕީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅެއް ކަމުގައިވާ އިބްރާހީމް ޝަރީފު ( މަވޯޓާ ޝަރީފް) ސިފަކުރައްވައިފިއެވެ. މަރަދޫ ދާއިރާގެ މެންބަރު ވިދާޅުވާ ގޮތުގައި ފިކުރެއްގެ ދިރުމަކީ ޝިފާއެއް ނެތް ކެންސަރެކެވެ.  

ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ނާކާމިޔާބު ވުމުން އޭގެ ބަދަލުހިފަން ނަޝީދު ބޭނުން ކުރާ ހަތިޔާރަކީ ފިކުރެއްގެ ދިރުން ކަމަށް އޭނާ ވިދާޅުވެއެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ޕާޓީއެއްގެ ތެރޭގައި ފެކްޝަން ހަދައިގެން އެ ޕާޓީ ހަލާކުކޮށްލަން އުޅޭތަން ފެނޭތޯވެސް ޝަރީފްސުވާލު އުފައްދަވައެވެ. 

ފިކުރެއްގެ ދިރުމަކީ އެމްޑީޕީ ވުޖޫދުން ފުހެލަން މަސައްކަތް ކުރާ ބައެއް ކަމަށާއި އެއީ އެމްޑީޕީއަށް ޖެހިފައި އޮތް ކެންސަރެއް ކަމަށް ގަބޫލު ކުރެވޭހާވެއެވެ. އިބްރާހީމް ޝަރީފް ވިދާޅުވަނީ އެމްޑީޕީގެ ތެރޭގައި އުފެދިގެން އުޅޭ ފިކުރެއްގެ ދިރުން އެއީ ފެކްޝަނެއް ކަމުގައި ބަޔަކު ކިޔަސް އެއީ އެއްގޮތަކަށް ވެސް ޕާޓީތަކުގެ ތެރޭގައި އުފެދޭ ފެކްޝަންތަކާ މުޅިން ހިލާފަށް ހިންގާ ހަރަކާތެއް ކަމަށެވެ. "އެއީ އަސްލު ފެކްޝަނެއް ނޫން. ފިކުރެއްގެ ދިރުން މަސައްކަތް ކުރަނީ ޕާޓީ ބައި ބައިކޮށް ރޫޅާލަން" ޝަރީފް ވިދާޅުވިއެވެ.

50 ހާސް މީހުން ހަމަވެފައި ވާކަމަށް އަޑު ފަތުރާ ފިކުރެއްގެ ދިރުމުން އަންނަ ރިޔާސީ އިންތިހާބުގައި އެއްބާރުލުން ދެނީ ފަނަރަ ހާސް ހަމަނުވާ ޖުމްހޫރީ ޕާޓީއަށް ކަމަށްވެއެވެ. އަމިއްލަ ޕާޓީއަށް ބަގަވާތްކޮށް ޕާޓީން ވެރިކަން ގެއްލުވާލުމަށްޓަކާ ޖުމްހޫރީ ކޯލިޝަންގެ ރަނިން މޭޓަކަށް ފިކުރުގެ ދިރުން ވާން މެނިފެސްޓޯ ހެދުމައިގެން އުޅޭކަމަށް ވެއެވެ. ވެރިކަމައިގެން ހޭކުޑާވެގެން އުޅޭ ފިކުރެއްގެ ދިރުމުގައި ބައިލައްކަ މީހުން ތިބިނަމަ ފަނަރަހާސް ހަމަނުވާ ޖުމްހޫރީ ގައިދަށުވެގެން އުޅޭވަރަށް ވުރެ މަވެތިކަމާ ކިބުރުވެރިކަމާ ވެރިކަމުގެ ދަހިވެތިކަން ނަޝީދުގެ މާބޮޑުވާނެއެވެ. 

ފިކުރެއްގެ ދިރުމަކީ އަޑެކެވެ. ހަމަ ހެޔޮވަރުގެ ޖަމަލު ފޮޑިއެކެވެ. ކަމަކީ މީޑިއާގައި ސުރުހީ ހެދުމެވެ. އަމަލީ މަސައްކަތުގައި އުޅޭ މީހުނަށްވުރެ ގިނައީ ސޯޝަލް މީޑިއާ ބޮޓުންނެވެ. ފިކުރެއްގެ ދިރުމަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ކެންސަރެކެވެ. ކެންސަރު ޖެހޭނީ މުލުން ލުހެލާށެވެ. 

]]>
Sun, 26 Mar 2023 18:04:58 +0500 ހީރަސް
މަގާމުން ވަކިކުރުމަކީ ރައީސަށް ފަސޭހަކަމެއް https://heerasnews.com/1170 https://heerasnews.com/1170 ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރުމާ ވަކިކުރުމުގެ ހުރިހާ ބާރެއް އޮންނަނީ ރައީސުލްޖުމްހުރިްޔާ އަށެވެ. ޕާޓީއަކަށް ނޫނެވެ. ސްލޮޓްދިން ޕާޓީގެ ރައީސްއަކަށްވެސް ނޫނެވެ.

ހެނދު ކަރަށް ބާރުކޮށް ޓައީއަޅައިގެން އޮފީހަށް ނިކުމެ ގޮނޑި ހޫނުކޮށްފައި ރަސްމީގަޑި ނިމުމުން ތިމާ ހިމެނޭ ސަރުކާރު ނޫން ގޮތެއް ހޯދަން ނިކުތީމާ ޖެހޭނީ މަގާމުން ވަކި ކުރާށެވެ. ސިޔާސީ މަގާމު ސަރުކާރުން ދީފައި ތިބެނީ ސަރުކަރުގެ ސިޔާސަތު ތަންފީޒު ކުރާށެވެ. ސަރުކާރު ބަދުނާމުކޮށް ލަސްކޮށް ފަސްކޮށް ފިކުރު ދިރުވާ އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅޭކަށް ނޫނެވެ. 

އާނއެކެވެ. ސަރުކާރުގެ މަގާމު ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމުތަކެއް ނޫނެވެ. އެމްޑީޕީ ނުވަތަ އެނޫން ޕާޓީއަކުން ހުށަހެޅައިގެން މަގަމުދޭން ޖެހޭކަމަށް އޮތީ ކޮންތާކު އޮތް ކޮން ގާނޫނެއްގައި ހެއްޔެވެ. އެމްޑީޕީން ހުށަހެޅިޔަސް ޖޭޕީން ހުށަހެޅިޔަސް އެނޫންތަނަކުން ހުށަހެޅިޔަސް ސިޔާސީ މަގާމުތައް ދެނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ގަބޫލުކުރާ އެ ސިޔާސަތުތައް ނަގަހައްޓާ ދަމަހައްޓާ ތަންފީޒު ކުރަން މަސައްކަތް ކުރާ ބަޔަކަށެވެ. އެހެން ގޮތެއް ހޯދަން އުޅޭ މީހުން އުޅޭނީ ސަރުކާރުން ބޭރުގައެވެ. 

ލަދު ހަޔާތެއް ގަންނަ މީހަކު ތިމާގެ ވިސްނުމާ ހިލާފު ބަޔަކާއެކީ ފަތީލެވިގެން މުސާރައެއް ނުނަގާނެއެވެ. ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއް ނޫންނަމަ ސަރުކާރުން މުސާރަ ކައިގެން ސަރުކާރާ ދެކޮޅަށް ވައްވަކެއް ނުޖަހާނެއެވެ. 

މާބޮޑަށް ނުފުއްޕާށެވެ. ރައީސުލްޖުމްހުރިއްޔާ ބޭނުންފުޅު ނަމަ ސިޔާސީ މަގާމުތަކުގައި ސަރުކާރުގައި ތިބި އިދިކީލި އެންމެން ވަކިކުރުމަކީ ހިނދުކޮޅެއްގެ ކަމެކެވެ. ސިޔާސީ މަގާމުތަކުގައި ތިބި މީހުން ކީއްކުރަން ހެއްޔެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަކީ ވެސް އަދި ރައީސަށް ދާދި ފަސޭހަ ކަމެކެވެ. ނުކޮށް އޮތީކީ ކުރެވެން ނެތިގެނެއް ނޫނެވެ.

]]>
Sat, 25 Mar 2023 17:09:01 +0500 ހީރަސް
ގާސިމް ގުރުބާންކޮށްގެން ޔާމީނު ބާރުވެރި ކުރުން https://heerasnews.com/1166 https://heerasnews.com/1166 ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ރާއްޖޭގެ އިސްތިގުލާލު ގެއްލޭތީ އިސްތިގުލާލު އަނބުރާ ހޯދަންކަމަށް ޖުމްހޫރީ ޕާޓީގެއައު ނައިބުލީޑަރެއް ކަމުގައިވާ އިގުބާލު އާދަމު ބުނުމުން ހައިރާނެއް ނުވެއެވެ. ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު އަތް އަނބުރާލާފައި ވެރިކަމުގެ ބާރުގައި މެކިގަނެގެން އުޅުނުއިރު ތިޔަ ބުނާ އިސްތިގުލާލު އޮތީ މުކައްބަ ދަށުގައި ނޫނީ ފޮށާ ދަށުގައި ހެއްޔެވެ. 

އިއްޔެއާއި ޖެހެންދެން އަދި މިއަދުވެސް ސަރުކާރު ހިންގާ ކޯލިޝަނުގެ ދެވަނަ ޕާޓީއަކީ ޖޭޕީއެވެ. މި ކުރިއްޔާ ކުރިކަމެއްގައި ޖޭޕީގެ ބައިވެރިވުން އިންތިހައަށް އޮތެވެ. ރަނގަޅަށް ކުރެވުނު ކަމަކަސް ނުބަޔަށް ކުރެވުނުކަމަކަސް ޖޭޕީގެ ބައިވެރިވުން ނެތްކަމެއް މި ސަރުކާރުން ކޮށްފައެއް ނެތެވެ. ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ޖޭޕީގެ ވަޒީރުންގެ ބާރުގަދަ ގަދައެވެ.

ޖޭޕީގެ ލީޑަރުގެ އަނބި ނަހުލާއަކީ ރާއްޖޭގެ ކަނޑާ ވަޔާ އެއްގަމު ދަތުރު ފަތުރާބެހޭ ބާރުގަދަ ވަޒީރެވެ. އެކަމަނާއަކީ ޖުމްހޫރީގެ ނައިބުލީޑަރެކެވެ. ދަނޑުފަގާއި ކަނޑުފަޅުގެ މުއްސަދިކަމާ ބެހޭ ވަޒީރަކަށް ހުންނެވީ އުފެދުނީއްސުރެ ޖޭޕީގެ ނައިބު ލީޑަރުކަން ކުރެއްވި ޑރ. ހުސައިނެވެ. މިހާރުގެ ވެސް ޓޫރިޒަމް ވަޒީރަކީ ޖުމްހޫރީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. މައުސޫމެވެ. ސަރުކާރުގެ އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިބިހާ ޖުމްހޫރުންގެ ވާހަކަ ދައްކާކަށް ނެތީމެވެ.

ވެންޓީލޭޓަރ ހިޔާނާތް ފެންމަތި ވަންދެން ހެލްތު މިނިސްޓަރ ކަމުގައި ހުންނެވީ މިފަހަރުގެ ޖުމްހޫރީ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން އަބްދުﷲ އަމީންއެވެ. މުއައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ކަންތައްގަޑެއް ތިލަވެ އިސްތިއުފާ ދެއްވަންދެން ޓޫރިޒަމް މިނިސްޓަރކަން ކުރެއްވީ އޭރު ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގައި ހުންނެވި އަލީ ވަހީދެވެ. 

ޓެލެކޮމިނިކޭޝަން ވަޒީރަކަށް ހުރީ ޖުމްހޫރީން ސްލޮޓް ލިބިގެން ވަޒީރުކަމުގައި ހުއްޓާ އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމު ގެއްލުމުން މިހާރު ޕީޕީއެމަށް ލައްގައިގެން އެ އުޅޭ މަލީހެވެ. އަމިއްލަ ތަފާލުގައި ދަނޑިން ތެޅުމުގައި ދެވަނައެއް ނެތް މަލީހެވެ. 

ހަމަތެދެކެވެ. މި ސަރުކާރުން ކުރިކަމެއް ކުރީ ޖޭޕީގެ ބައިވެރިވުމާ އެކުއެވެ. މިހާރު ގެއްލޭ އެއްޗެއް ގެއްލިފައި އޮންނާނީ ޖޭޕީގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެންނެވެ. މިސަރުކާރުން ގޯސްކޮށް ކަމެއް ކޮށްފައި އޮތްނަމަ  އިގްބާލުމެން ޓްވީޓެއް ކޮށްލައިގެން އެ ޒިންމާ އަކުން ޖޭޕީއަކަށް ވަކި ނުރެކެވޭނެއެވެ.

ހަގީގަތަކީ އެއީއެއް ނޫނެވެ. އިސްތިގުލާލު ގެއްލޭތީ ޖޭޕީއަކުން ނޫޅެއެވެ. އެކަމާ އުޅޭނީ ހިނގާ ކަމެއް ނަމަތާއެވެ. އިގުބާލުމެން ދައްކަން ތިޔަ އުޅެނީ ޕީޕީއެމުން ދައްކާ އިންޑިއާ އައުޓުގެ ވާހަކަ ނޫން ހެއްޔެވެ. އިންޑިއާ އައުޓް ކެންޕޭނަކީ ފެށުނީއްސުރެއް ޖޭޕީން ދެކޮޅު ކެންޕޭނެކެވެ. ޕީޕއެމްގެ ހަރަކާތް ކުއްވެރިކޮށް ޖޭޕީން ވަނީ ބަޔާންވެސް ނެރެފައެވެ.

ރާއްޖެއާއި އިންޑިއާއި އުފެދިފައިވާ ގާތްގުޅުމާ އިތުބާރަށް ހިޔަނި އެޅޭނެ އެއްވެސް ކަމެއް ވުމަކަށް ޖޭޕީ ނޭދޭނެއެވެ. އެހެނެއް ކަމަކު ކުއްލިޔަކަށް އިސްތިގުލާލް ގެއްލޭ ޖޭޕީ ވެރިކަމަށް ނިކުންނަ ކަމަށް ވެއްޖެއެވެ. މިވަރު ބަޔަކު ކުއްލިޔަކަށް އިސްތިގުލާލު ގެއްލިގެން ތެޅިގަތީމާ ތިޔަ ވަނީ ކީއްކަން އެބަ ސާފުވެއެވެ. ޖޭޕީގެ ނަމުގައި އިގުބާލުމެން ގަދަ ބަސްބުނަން ތިޔަހެންކޮށްލާ ކަމަކުން ފެންނަނީ ފޮރުވިގެން އުޅޭ އަސްލު ސިފައެވެ. 

އޮއިވާލި ކަނދުފަތީގައި މަސް އަޅާހެން ރިޔާސީ އިންތިހާބާ ދިމާކޮށް ޖުމްހޫރީގައި ވަދެ އަތްގަދަކޮށް ހިސޯރުކޮށްގެން ސޭޓުގެ ތިޖޫރީގެ ދޮރުފަތް ނައްޓާލައިގެން ތިބެ ޔާމާލާ ނަގާ ޕީޕީއެމް އެޖެންޓުން ކިބައިން އަސްލު ސިފަފާޅުވާނެއެވެ. ދައްކާނީ ޕީޕީއެމުން ދައްކާ ވާހަކައެވެ. ކުރާނީ ޕީޕީއެމުން ކުރާކަންތަކެވެ. އާހިރުގައި ނަތީޖާ އަކީ ގާސިމް ގުރުބާން ކަންބަޅިއަކަށް ހަދައިގެން ޔާމީނު ބާރުވެރި ކުރުމެވެ. 

]]>
Fri, 24 Mar 2023 16:01:33 +0500 ހީރަސް
އެންމެގިނައިން ރަލާ އޫރުމަސް ވިއްކާ މަހުޖަނާ ސަލަފުގެ ބައްދަލުވުން https://heerasnews.com/1157 https://heerasnews.com/1157 މި ބުނި މަހުޖަނަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް އޮނަރަބްލް ގާސިމް އިބްރާހީމެވެ. ސަލަފް ޖަމިއްޔާއަކީ ރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ޝިޢާރާ އެ ދީނުގެ ޝަޚްޞިއްޔަތާ ހައިބަތާ ގަދަރު އުފުލުމަށް މަސައްކަތް ކުރާ ދީނީ ޢިލްމުވެރިން ނިސްބަތްވާ ޖަމިއްޔާ އެކެވެ.

މި ބައްދަލު ވުމުގައި އޮނަރަބްލް ގާސިމް އިބްރާހީމްގެ އިތުރަށް ބައިވެރިވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ އެކި މަގާމް ތަކުގައި ތިއްބެވި ސިޔާސީ މައިދާނަށް ނިސްބަތްވާ ބޭބޭފުޅުންނެވެ. އެހެން ކަމުން މި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބްގައި ގާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތާ ގުޅޭ މަޝްވަރާތަކެއް ކަމުގައި ބެލެވެއެވެ. 

ސަލަފް ޖަމިއްޔާގަައި އިސްކޮށް ހަރަކާތް ތެރިވާ ބައެއް ބޭފުޅުން ތާއީދު ކުރައްވަނީ ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީނަށެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަރިފަސްކޮޅެއް ނިސްބަތްވާ މޭރުމަކުން ވާހަކަ ދައްކަވާ، ފައިސާ ދީފިއްޔާ ހިލޭ އަންހެނުން ނުތިބޭނެ ކަމަށް ފާޅުގައި ވިދާޅުވި ބޭފުޅެކެވެ. 

ލަފާ ކުރެވޭ ގޮތުން މިއީ ސިޔާސީ ކަމެއްގައި ކުރީގެ ރައީސް ނަޝީދާ އެކު ސަލަފް ޖަމިއްޔާއިން އިސްލާމް ދީނަށްޓަކާ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރަށް ވެގެން ހިނގައިދާނެއެވެ.

]]>
Tue, 21 Mar 2023 15:30:56 +0500 ހީރަސް
ދިވެހިން ބޮޑުސޭޓާއި ބޮޑުވަޒީރު ދަސްކޮށްފި! https://heerasnews.com/1143 https://heerasnews.com/1143 ގާސިމާ މަނިއްގަނޑާއެވެ. ފިކުރެއްގެ ދިރުމަށް ފަންސާހަކަށް ހާސް މީހުން ސޮއިކޮށްފިޔޭ ކިޔައިގެން ބަޔަކު އަޑު އަރުވާތީ ތިޔަހުރީ ވަރެއްވެފާތާއެވެ. އެ ފިކުރަކަށް ފަންސާހަކަށް ހާސް މީހުން ވީނަމަ ވެރިކާމާ ބޫތުކައިގެން ފަޔަށް ހިނިއަރާއިގެން އުޅޭ މީހަކު އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކޮށް ހުންނާނެ ހެއްޔެވެ. ނުހުންނާނެއެވެ. އެވަރު މީހެއްގެ އަވަގައިޖެހި ޅޮސްއުނދޯއްޔަކަށް އެރޭނީ ތިޔަހާކަށް ވަރަށެވެ.

ކަނދުފައްޗެއްގައި މަސްއަޅާހެން ރިޔާސީ އިންތިހާބު ބޯމަތި ވީމާ އަންނަ ނާންނަތަނެއް ނޭނގި ކޮންމެ ފަހަރަކު ޖުމްހޫރީ ޖަގަހަ ފުރާލާނޫން ހެއްޔެވެ. އުކާ އެމަށް ހިލަވަޅުވެ ތިލަވެ ކައިފުރައިގެން ކޮންމެ ފަހަރަކު އައިން ދަނީ އަޑިއަށެވެ. ރޯގިލަކަންފުޅެއް ނުވެއެވެ. 

ރަންކޮޅާއެވެ. އަމްދުން މި ފަހަރު ތިޔަ ޖެހެނީ މާ ވަރުގަދަ ދަންތުރައެއްގައެވެ. އިއްޔެ ގޯސްވެގެން އުޅުނު އެންމެންނަށް ހިތް ހަލާލޭ ގޮވަމުން ވަކި މީހަކު ނެތިއްޔާ ވަކިތަނެއް ނޯންނާނެޔޭ ބުންޏަސް ދުނިޔޭގެ ސުންނަތަކީ އެއީ އެއް ނޫނެވެ. ގާސިމް ނެތިއްޔާ ޖުމްހޫރީ ޕާޓީއާއި ވިލާ ގްރޫޕް ނޯވެދާނެއެވެ. ޔާމީނުގެ ވެރިކަމުގައި ޅިސް ގޮވަންދެން ކައިފުރައިގެން ސަލާމަތް ހޯދަން ބަނޑު ދަށަށް ވަދެތިބި އައްޓަމަސްތައް ކައިފުރައިގެން ނިކުމެ އަނެއްކާވެސް އައިތަނަށް ގޮސް އުނބަށް ޖަހަފާނެއެވެ. 

ނަޝީދު އަތުން އެމްޑީޕީ ޖަހައިގަންނަން އުޅެ އެކަން ގާސިމަށް ނުވި ނުވުމަކީ ނަޝީދާ ނުލާ އެމްޑީޕީ ނޯންނާނެ ކަމަށް ހުކުން ކުރަން އޮތް ހުއްޖަތެއް ނޫނެވެ. މޮޔަފުޅު ނުވާށެވެ. ފިކުރެއްގެ ދިރުމުގެ ޖާދޫއަކީ ގާސިމަށް ވޯޓު ހޯދާދެން ހަދާ ޖާދޫއެއް ނޫނެވެ. 

ޑިމާންޑް އުފައްދަން އެކި މީހުން ޖަހަނީ އެކި ސަކަރާތެވެ. ފިކުރެއްގެ ދިރުމުގެ ޖާދޫ ނަޝީދު ހަދަނީއެވެ. ވެރިކަމަކީ ގާސިމަށް ހޭލާހުއްޓާ ފެންނަ ހުވަފެނެކެވެ. ފެން ބޮވާފައި ހުއްޓާ ފެންނަ އަވާމެންދުރެކެވެ. 

އަދިވެސް އެއްޗެއް ވިސްނޭކަށް ނުވޭ ހެއްޔެވެ. ވިލާ ފައުންޑޭޝަނުން ސްކޯލަރޝިޕްދީ ބޭސް ފަރުވާކޮށް ދިން ޒަމާނުގައި ގޭނި ހުސްވެގެން ވެސް ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރުގައި ގަދަ ދޭކަށް އެރިފައެއް ނެތެވެ. އޭރު މީހާ ޅަނބާޅައެވެ. ޅަދޮނޅެވެ. ނިކަމެތިން މާގިނައިންވެސް ކަމުކިޔަން ޖެހުނެވެ. މިއަދަކު މީކީ އެހާލަތެއް ނޫނެވެ. އާސަންދައާއި ހިލޭ ޑިގްރީ ތަންމިނަށް އޮތީ ހުޅުވިފައެވެ. ގާސިމުގެ ތުބުން ވެއްޓޭ ބަތްފުށް ކާން ވިލާ ދޮރުބުޑުގައި ސަފު ހެދި ޒަމާން މާޒީވެއްޖެއެވެ. ލަފާނުފުރިގެން ގާސިމަށް ރައްޔިތުން އަޅުދާސްވެގެން ރަށްރަށުގެ ބަނދަރު ފަސްބާޑިޖެހި ހަނދާން މީހުން ނެތިއްޖެއެވެ. ގައިބާރު ދޫވެ ބޮނޑިމައްޗަށް ބުމަ ވެއްޓުނީމާ މޭފުއްޕިޔަސް އޭރުނުވިކަމެއް މިހާރަކު ނުވާނެއެވެ. 

ކުރީ ދެފަހަރުހެން ފުރަތަމަ ބުރުގައި ވާދަކޮށް ތިންވަނަ ހޯދައިގެން ގަދަފަޅި ބޮޑުކުރަން ކައްޓާ ތުޅު ޖައްސާލަން ވައްޓާލާ މަދޮށްޓަށް ވާން ނޫޅޭށެވެ. އަބަދަކު ތިޔަ ސަކަރާތެއް ނުޖެހޭނެއެވެ. ގިނަރައްޔިތުން އަދަކު ތިބީކީ ދެވަނަ ބުރަކަށް ގެންގޮސްގެން ބޯކިބާ ބަހާދޭ ގޮތަކަށް ނޫނެވެ. އެއްބުރުން ނިންމާށެވެ. ދިވެހިން ބޮޑުސޭޓާއި ބޮޑުވަޒީރު ދަސްކޮށްފިއެވެ.

]]>
Fri, 17 Mar 2023 16:57:15 +0500 ހީރަސް
ޔާމީނުގެ ހުކުން ހަރާން & ޔޫސުފް ނައީމްގެ ހުކުން ހަލާލް https://heerasnews.com/1132 https://heerasnews.com/1132 މީހުން މަރައިގެން ޖަލުހުކުމް ތަންފީޒު ކުރާ މީހުން ޖަލުގައި އެބަތިއްބެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުކުން ތަންފީޒު ކުރާ މީހުން އެބަތިއްބެވެ. ޑްރަގް ވިއްކައިގެންނާއި ބޮއެގެން ޖަލުހުކުންމުގައި އެތައް ބަޔަކު އެބަތިއްބެވެ. ވައްކަމާއި ހިޔާނާތުގެ ކުށުގައި ހުކުން ތަންފީޒުކުރާ މީހުން އެބަތިއްބެވެ. މަނީލޯންޑަރިންނާއި ރިޝްވަތުގެ ކުށުގައި ޖަލުހުކުން ތަންފީޒުކުރާ މީހުން ޖަލުގައި އެބަތިއްބެވެ.

އަފްރާޝީމްގެ ގާތިލު ހުމާމް  ވެސް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފިއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހުކުން ތަންފީޒުކުރާ އަދީބާއި ޒިޔަތުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކަމަށްވެއެވެ. ރިޝްވަތުގެ ކުށުގައި ހުކުމް ތަންފީޒު ކުރާ ޔޫސުފް ނައީމް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އުޅޭކަމަށް ބެލެއެވެ. އަދިވެސް ޖަލު ހުކުން ތަންފީޒުކުރާ ކިތަންމެ ބަޔަކު އަންނަ ރިޔާސީ އިންތިހާބުގައ ވާދަކުރަން ނިންމާފައި އޮތްކަމަށް ވެއެވެ.

ޖަލު ހުކުމެއްގައި ތިބީތީ ބުނެވިދިޔަ ފަދަ އެތައް ބަޔަކަށް އަންނަ ރިޔާސީ އިންތިހާބުގައި ބައިވެރި ވުމުގެ ފުރުސަތު އޮތީ ބަންދުވެފައެ. ގިނަބަޔަކު ތާއީދުކުރުމަކީ އެމީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒު ނުކުރެވެންވީ ސަބަބެއް ނޫނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމަކީ ނުވަތަ ވަކިބަޔެއްގެ ރިޔާސީ ޓިކެޓް ގައިދީއަކަށް ދިނުމަކީ އެ ގައިދީއަކު މިނިވަން ކުރަން ޖެހޭ ކަމެއްނޫނެވެ. އިންތިހާބެއްގެ އިންސާފާއި ގުޅުފައި އޮންނަނީ ޖަލުތަކުގެ ގޮޅިތަކަކާއި ނޫނެވެ. ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވާނީ ޖަލުގައި ހުރި ވަކި މީހަކު ދޫކޮށް ލައިގެނެއް ނޫނެވެ. އަންނަ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ދޫކޮށްލަންވީ ޔާމީނު އެކަންޏެއް ނޫނެވެ. ކާފަ ކިޔާ ކުޑަކުޑަ އަންހެން ދަރިއަށް ޖިންސީ ގޯނާކޮށްގެން 25 އަހަރަށް ޖަލަށްލާފައިހުރި ކަނޑުހުޅުދޫ އިބްރާހީމް ދީދީ (62 އަހަރު) ވެސް ވާނީ ދޫކޮށް ލާށެވެ. ހުމާމާއި ޒިޔަތާއި އަދީބާއި ޝަހުމު ވެސް ބަންދުގައި ތިބެގެން ނުވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ވައްދާފައި އެހުރީ ޔާމީނު ދޫކޮށްލަން ގޮވާށެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ހުރެ ދައުލަތް ދަވާލައިގެން ކުށްސާބިތުވެފައިވާ ބޮޑު ވަގެއްގެ ދިފާއުގައި އަނގަފުޅާކުރާއިރު ޖަލުގައި ދެން އެތިބީ ދިވެހި ރައްޔިތުންނަށް ނުވަނީ ހެއްޔެވެ. ޕީޕީއެމުގެ އިންސާފަކީ ޔަމީނެވެ. ޔާމީނުގެ ހުކުން ހަރާން ވާއިރު ޔޫސުފްނައީމްގެ ހުކުން ހަލާލެވެ. 

]]>
Tue, 14 Mar 2023 11:15:34 +0500 ހީރަސް
އިބޫއާއި ބައްދަލުކުރުމުން ޖަރުމަނު ރައީސް ރައީސަކަށްނުވި https://heerasnews.com/1128 https://heerasnews.com/1128 ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާއި ބައްދަލުކުރެއްވިއެވެ. ދެ ރައީސުންގެ އެ ބައްދަލުކުރެއްވުމަކީ އެއްވެސް ހުރުމަތެއް ނެތް ތާކުންތާކު ނުޖެހޭ ބައްދަލުކުރެއް ވުމެއްކަމަށް ސިފަކޮށްދޭން އިދިކޮޅުން ލައްކަ ސަކަރާތް ޖަހައިފިއެވެ. ހަސަދަވެރިކަމާއި ފިތުނަވެރިކަން ބައެއްގައި ހުންނާނީ މިހާކަށް ވަރަށެވެ. 

ޖަރުމަނުގެ ރައީސަކީ އާރެއް ބާރެއްނެތް ސޮހޮލެއްގެ ގޮތުގައި އާއްމުންނަށް ވިސްނާދޭން އިދިކޮޅުން އެބަ ގައިވީދައެވެ. ރައީސް ސާލިހަށް ދުނިޔޭގެ އުރައްޕަތެއް ހުރި ވެރިއަކާ ބައްދަލު ނުވެވޭކަން ދެއްކުމަށް ފުމެއެރުވި ވަރަކަށް ފައިބަނީ އެބައިގަނޑުގެ ހުޅުބެވެ. ގެއްލެނީ އިތުބާރެވެ. ކިތަންމެ ބޮޑުތެދެއް އިދިކޮޅުން  ހެދިޔަސް ގާބޫލުކުރާ މީހަކު މިހާރަކު ނޫޅެއެވެ.

ކުކުޅަށް ވުރެ ބިސްދޮށިވެގެން ޓްވީޓްކުރާ ރޯނުއެދުރު ނޫސްވެރިޔާ ރައީސްގެ ދެކަނބަލުންގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އަޅުވާ ބަދުނާމު ކުރަން އުޅެން ހަދައިގެން ބަރަހަނާ ވަނީ ތިމާ މީހާއެވެ. އެންމެ ފަހުން އަނގަ އަށްޕަތަކަން ހަދަން ޖެހުނީ ޖަރުމަން ކައުންސިލް އެންޑްރިޔަސް ޓްވީޓަކުން ތަފާލެއް އެޅީމައެވެ.

ރާއްޖެއާއި ޖަރުމަނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޖަރުމަނުގެ ރައީސަށް ކުރެއްވޭނެ ކަމެއް އޮތްކަމަކަށް ބްރާންތިކަމުން އިދިކޮޅަށް ގަބޫލެއް ނުކުރެވެއެވެ. ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެރައީސް ކުރައްވާ މަސްވަރާއަކުން އެއްވެސް ހެޔޮ ނަތީޖާއެއް ފެންނާނެ ކަމަކަށް އިދިކޮޅު މައުތުޕީސްގެ މަވެތި ނޫސްވެރިޔާވެސް ގަބޫލެއް ނުކުރެއެވެ. 

ރާއްޖޭގެ މަސް އެކްސްޕޯޓުކުރުމަށް ޓެރިފް ރޭޓް ކަނޑައެޅުމާއި ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ޖަރުމަނުން އަދާކުރާ ދައުރުގައި ޖަރުމަނުގެ ރައީސަށް ކުރެއްވޭނެ އެއްކަމެއްވެސް އޮންނާނެކަމަށް އެ އުނި ސިކުނޑިތަކަކަށް ނުވިސްނެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ފުރުސަތުތަކާއި، ވައިގެ ދަތުރުފަތުރާއި، ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ފުޅާކުރުމާއިމެދު ދެ ރައީސުން ކުރެއްވި އެއްވެސް މަޝްވަރައަކީ ބުރަދަނެއް ހުރި ކަމަކަށް ނުވެޔޯލައެވެ. ރައީސް ސާލިހާ ބައްދަލު ކުރެއްވުމުން ޖަރުމަނުގެ ރައީސް ރައިސަކަށްވެސް ނުވިއެވެ.

]]>
Sat, 11 Mar 2023 22:43:48 +0500 ހީރަސް
ރައީސްގެ ސިޓީފުޅަށް ޖަވާބުނުދީ ސައުދީން ދިނީ 400 ހައުސިންގޔުނިޓް! https://heerasnews.com/1116 https://heerasnews.com/1116 ސައުދީ އަރަބިއްޔާގެ ރަސްގެފާނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފޮނުއްވި ސިޓީފުޅަކަށް ޖަވާބެެއް ނުދިނޭ ކިޔާ އަޑު ފެތުރުނުތާ އައްޑަން އިރުވީ ތަނާ މިއިވެނީ އެހެން އަޑެކެވެ. 

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ފިއްލަވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަސައްކަތް ކުރައްވާ މަގަށް ސައޫދީން ލެއްގި 400 ލަގްޒަރީ ހައުސިންގ ޔުނިޓް ލެއްގި ވާހަކައެވެ.

ފ. އަތޮޅު ހިމިތީގައި ސައުދީ ވަލީއަހުދު ފަތުރުވެރިކަމުގެ އިންވެސްޓްމަންޓެއް ކުރައްވަން ޝައުގުވެރިވެ ވަޑައިގަތްތަނާ ނޫނެކޭ މަނިއްޕުޅު އެތަން ހިބައިން ގެންދަވާށޭ، މަޖިލިސް ކުދިން ގާނޫނާ އެއްގޮތަށް ކުރަންޖެހޭ މަސައްކަތައް ކުރުމަށް ޖެޓެއްގައި ޑޮލަރު ކޮޅެެއް ފޮނުއްވާށޭ ބުނި އިރު މިއުޅެނީ ގައުމުން ބައެއް ކަނޑާ ވަކިކޮށްލަން ކަމެއް މުހައްމަދަކަށް އެނގިވަޑައެއް ނުގަންނަވައެވެ. 

ޖެޓްގައި ގެނައި ޑޮލަރު ދަބަސްތައް ގެއްލުނު އިރު ރައްޔިތުން ހޯބޯ ލަވަން ފެށިކަން ޕްރިންސް މުހަންމަދަށް ސާފުވެ ވަޑައިގަތް ހިސާބުން ޕީޕީއެމަކާ ޔާމީނާ  ޔާމީނެެއް ދޫކޮށްލައްވައިފިއެވެ. ފަހުން ކުރިހާ ކޯލާއި، ފޮނުވިހާ ސިޓީއަށް ޖަވާބެއް ނުދިންތާ ތިޔައީ ކޮންތާކުން ހޭރޭ މިވެނި އެއްޗެއްހޭ ވެސް އައްސަވާ ނުލެއްވިއެވެ. އެހެންވީމާ މިބައި މީހުންނަށް ހީވަނީ ރައީސް ސާލިހުގެ ސިޓީ ފުޅަށް ވެސް ވާނީ އެހެން ކަމުގައެވެ.

ސައުދީން ޖަވާބެެއް ނުދިނޭ ގޮވަންފަށާ ކަރު އިރަން ތިއްބާ އެއޮށް އިއުލާން ކުރީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެއްވާ 400 ހައުންސިންގ ޔުނިޓްގެ ވާހަކައެވެ. 

ރައީސް ސާލިހުގެ އަންނަ ރިޔާސީ ދައުރަށް ސައުދީން ދެން އަންނަން އޮތްބައި ﷲ އިރާދަފުޅުން އަދި އޮތީއެވެ.

]]>
Wed, 08 Mar 2023 23:10:14 +0500 ހީރަސް
ޒަމާން އަންނިއަށް ދިން ކެހި ގާސިމަށް ވެސް ދޭނެ. https://heerasnews.com/1083 https://heerasnews.com/1083 ކެނެރީގޭ ނަޝީދު ނަމަކަށް ކިޔާ މީހަކަށް ދިވެހިރައްޔިތުން ކުރި ތާއީދާ އިތުބާރަކީ ގާސިމް އިބްރާހީމަށް ދުވަހަކު ކޮޅުންވެސް، ގާތް ގަނޑަކަށް ވެސް ލިބޭނެ މިންވަރެއް ނޫނެވެ. އެކަމަކު ބަލަބަލާ ތިއްބާ އަންނިއަށް ލިބިފައި އޮތް އެތާއީދަށް ވެގެންދާ ގޮތް އެއީ ވިސްނައިފި މީހަކަށް ބޮޑު އިބުރަތެކެވެ.

އެމްޑީޕީ ނުކުތީ ރާއްޖޭގައި ކުރިން އޮތް ޒަމާންވީ ވެރިކަމުގެ ވައްޓަފާޅި ބަދަލު ކުރާށެވެ. އެކަން ވިޔަ ނުދޭން ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީއަކީ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީ ކިޔާ ސިޔާސީ ޕާޓީއެވެ. އެޕާރޓީގެ 4 ނައިބު ލީޑަރުން ކުރެ އެކަކީ ގާސިމް އިބްރާހީމެވެ.

ރާއްޖެ ބޭނުންވި އެ ބަދަލަށްޓަކާ ރައްޔިތުން ގޮވައިގެން އެމްޑީޕީ ނުކުމެ ޖަލުތަކާ މަގުތައް މަތީ ހަނާވެ، ފަނާވެ ދިޔައިރު މައުމޫން އަރިހުގައި ޑީއާރުޕީގެ ނައިބު ކަމާ، މައުމޫންގެ މާލީ ވަޒީރު ކަމުގައި ފިނިކޮޓަރީގައި ހިނިފުޅު ވަޑުވާން އިންނެވި ސޭޓަކީ ގާސިމް އިބްރާހީމެވެ.

(ފޮޓޯ: އަވަސް)

ފަޅުރަށްރަށުން އެންދެރިމާގެއަށް ފުނިޖެހޭ ތަނުން ކުރޮޅިއާއި ކާށި ވަކިކުރަން ބެހެއްޓި މާމިގިލި ސޮރަކީ ގާސިމެވެ. ތެޔޮ ވިއްކަން ފަށައިގެން އުޅުނު އިރު ބޮއްކުރާގެ ވަތް މަތީގައި ހުރި ފީފާތަކަށް ވުރެ ގިނަ ތެޔޮ އަޅަނީ ވަތުގައި ފަތުރާފައި އޮންނަ ސަތަރި ގޮންޏަށެވެ. ކަމާ ކަންފަށާ ހުކުރު ދުވަހު ތެޔޮ ބޮއްކުރާ ނެރެނީ ބަންދު ދުވަހު ގިނަލޯ ބަންދުވެފައި ހުންނާނެކަން އެނގޭތީއެވެ. ލޯތަކަށް ސިއްރުން ކުރާނީ ވައްކަމެވެ.

ބޮޑެތި ބޯޓް ފަހަރުގައި ތެޔޮ އެތެރެ ކުރި ތާނގީ ތަކުގައި ޑަބަލް ފޫ އަޅާފައި އޮތީ އިމްޕޯރޓް ޑިއުޓީއިން ދައުލަތަށް ލިބޭ މިލިއަން ރުފިޔާ ނުދީ ހައްގު ގޮތުގައި މުއްސަނދި ވުމަށެވެ. މުއްސަނދިވާން ގާސިމް ކަންކުރި ގޮތް އެނގިތިބި މީހުން އަދި ދުނިޔޭގައި އެބަތިއްބެވެ.

މީހުންނަކީ އެމީހާ ދައްކާ ކުލައެއްގައި ދެމިތިބޭ މީހުންނެވެ. ހެނދުނު ހުދުކުލައިގައި ހުރެފައި މެންދުރު ފަހު ދިހުން ގަދަ ކަޅުކުލަ ނުދެއްކިޔަަސް ހިނގިކަންކަމާއި އެކަންކަން ހިނގި ގޮތް ދަންނަ އެންމެން އަދި މަރެއް ނުވެއެވެ.

ހަރުފަ ދުލި ބަދަލު ކުރާ ގޮތަށް ނުކުމެ ކުއްލިއަކަށް މާ އިސްލާޙީ މީހަކަށް ވެގެން މައުމޫނަށް ވެސް ދޯކާ ދީފާ ގާސިމް ނުކުތީ ޖުމްހޫރީ ޕާޓީގެ ނަމުގައި ސިޔާސީ ގޮތުން ކަނޑުފޭރޭ އުޅަނދެއް ބަނދެގެންނެވެ. ބޭނުމަކީ ސިޔާސީ ގޮތުން ހަށިވިއްކައިގެން އޭނާގެ ވިޔަފާރި ފުޅާ ކުރުމަށްޓަކާ އަންނަ ކޮންމެ ސަރުކާރަކުން ބައިހޯދުމެވެ.

ގަޔަށް ކަޅު ޖެކެޓް މަހާ، އަތަށް އަންގި ލައްވާ މޫނު ނިވާކޮށްގެން، ހެޔޮވަރުގެ ދަތްދަގަނޑެއް ހިފައިގެން ގޮސް އެމްއެމްއޭގެ ތިޖޫރީ ފެޅުމަކީ މިޒަމާނުގައި ކުރެވޭނެ ކަމެއް ނޫނެވެ. ދައުލަތުގެ ތިޖޫރީ ފަޅާލަން އެންމެ ފަސޭހަ ގޮތަކީ ސިޔާސީ ޕާޓީއެއްގެ ނަމުގައި އުޅަނދެއް ބަނުމެވެ. ދެން ރިޔާސީ އިންތިޚާބަށް ނުކުމެ އަރިހުރަހަށް ގައުމުގައި ތެޅިބޭލީމާ ލިބޭ ވޯޓް ކޮޅެއް ހިފައިގެން ކޯލިޝަންގެ ތެރެއަށް އެރިގަންނާނީއެވެ.

ސަރުކާރުން ލިބުނު ބައި މަދުވެގެން ގާސިމް ކުސަ ނުދަމާ ފަހަރެއް ދުއް ލޮލެއް މިގަައުމަކު ނެތެވެ. އަޖައިބެކެވެ. ގައުމުން ބައި އަޅަންޖެހޭ ސިޔާސީ ޕާޓީއެއް މި ގައުމުގައި އޮންނަން ޖެހޭ ހެއްޔެވެ. ވަނީ އެހެންނެއް ނޫނެވެ. ކޯލިޝަން ހަދާއިރު ކައްވާލަނީ ބޮޑެތި މަގާމު ތަކެވެ.

އެއްބަސްވުން ތަކުގައި ސޮއިކުރަން ދެފަރާތުގައި ތިބެނީ ވެސް ޖުމްހޫރީ ޕްރައިވެޓް ލިމިޓެޑްގެ ވަޒީރާ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގެ އޭޖެންޓުންނެވެ. އެއްބަސްވުން ލިޔެފައި އޮންނަނީ ކޮންމެ ގޮތަކަށް ދިޔަޔަސް ދައުލަތުން ވިލާއަށް ބަދަލު ދޭންޖެހޭ ގޮތަށެވެ.

ވާވެއްދި ފަޅާއި، ފެންބޯހުރާއާއި ބަރެސްދޫއާއި ތ. އެލާގެ ކޮންސެޝަން އެގްރީމެންޓްގެ ދަށުން ވިލާ ޝިޕިންގއަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދައުލަތުން ވިލާއަށް 30 ނޫނީ 40 މިލިއަން ޑޮލަރު ދައްކަން ހުކުމް ކުރާ އަޑު އަހަމު ނޫން ހެއްޔެވެ؟ މިބުނާ ޒާތުގެ ހުކުމް އަންނަ ވަގުތަކީ ކުރިން ބުނި ގޮތަށް ދަތްދަގަނޑާ މާސްކު ބޭނުން ނުކޮށް ދައުލަތުގެ ޚަޒާނާ ފަޅާލާ ފަހުގެ މޮޅުގޮތެވެ. ގާސިމް އިބްރާހިމް ބޭނުންކުރާ އުކުޅެވެ. އެކަމަށް ބޭނުންކުރާ ޕައިރެޓް ބޯޓަކީ ޖުމްހޫރީ ޕާޓީއެވެ. އޭގެ ފަޅުވެރިންނަކީ އެޕާޓީގެ ސްލޮޓް ތަކުން މަގާމު ތަކަށް ސަވާރުކޮށް އެގްރީމެންޓް ތަކުގައި ސޮއިކުރަން އިސްވެ ތިބޭ މީހުންނެވެ. އެއްލޮލުގައި ކަޅުފޮތިގަނޑެއް ބަނދެގެން ހުންނަ ކައްޕިއަކީ ކަނޑުފޭރޭ ޕައިރެޓުންގެ ބޮހެވެ.

ރިޔާސީ އިންތިޚާބްގައި ވާދަކޮށް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އެއްކަލަ މީހާ އިސްވީމާ މުޅިރާއްޖެ ވާނީ ރިޕްބްލިކް އޮފް މޯލްޑިވްސް ވިލާ ޕްރައިވެޓް ލިމިޓެޑަށެވެ. މި ގަނޑެއް ގަނެ މި ސަކަރާތެއް ޖަހާތާ މީހެއްގެ މުޅި ހަޔާތް ހޭދަވީމާ އެ މީހާގެ ހަގީގަތް އެންމެންނަށް އެނގުމަކީ ޒަމާން އިންސާނާއަށް ކެހިދޭ ގޮތެވެ. އެ ކެހި ގާސިމަށް ލިބިފައި އޮތްތަން ދެކެން ތިބޭށެވެ. 

ދައުލަތުގެ ވަތްގަނޑާ ސޭޓްގެ ވަތްގަނޑު އެއްވީމާ ވާގޮތް ދިވެހިންނަށް ކިޔައިދިނީ އެމްޑީޕީގެ ރައީސް ކަމަށް ބުނާ ނަޝީދެވެ. އެކަމަކު ތިމާއަށް ނުލިބި ހިންނަވަރު ކުއްޖަކަށް ރާއްޖޭގެ ވެރިކަން ލިބުނީމާ ދައުލަތުގެ ވަތްގަނޑާ ސޭޓްގެ ވަތްގަނޑު އެއްކުރަން ވެސް ނަޝީދަށް އޯކޭ ވެއްޖެއެވެ. މިބާވަތުގެ ކަންކަމާ، ބަސްބަހާ ނަޝީދުގެ ޢަމަލު ލޯތަކަށް ދައްކައިދިނީ ވެސް ހަމަ ޒަމާނެވެ. ޒަމާން ދިން ކެހީގައި ނަޝީދު ހުލިވެ ހިމަވެ ދާގޮތް އޮތީ ފެންނާށެވެ. ރަނގަޅަސް ނުބަޔަސް މީހާގެ އަމަލުތައް އޭނާގެ ފަހަތުގައި ދާދި ގާތުގައި ހުރެއެވެ. ކޮންމެ ވެސް ހިސާބަކުން އެ އަމަލުތަށް އޭނާގެ ކޮނޑުގައި ކޮއްޓާލުމުން ޖެހެނީ އެނބުރި ގަންނާށެވެ. އެ ހިސާބުން އެ އޮތީ އޭގެ ނަތީޖާ މި ދުނިޔޭގައި ވެސް ފެންނާށެވެ. ރަނގަޅިއްޔާ ރަނގަޅަށެވެ. އެހެން ނޫނީ އޭގެ އަނެއް ކޮޅެވެ.

ތާއީދާ ލޯތްބާ ސަޕޯރޓްގައި ގާސިމަކީ ނަޝީދާ ގާތް ކުރެވުނު މީހެއްވެސް ނޫނެވެ. ވީއިރު ނަޝީދަށް ޒަމާން ދީފައިވާ ކެހި ނުލިބި ގާސިމް ސަލާމަތްވެފައި ހުރިކަމަށް ދުށުމަކީ ވަރަށް މޮޔަ ކަމެކެވެ.

ވެރިކަމޭ ބުނާ އިރަށް ބައި ލިބެންޏާ އަރާކަށް ވަކިކޮޅެއް ނެތް މީހަކީ ގާސިމްކަން ޒަމާން ދައްކައި ދީފިއެވެ. ކޮންމެ ވެރިކަމެއްގައި ލިބޭބައި މަދުވެގެން ޝަކުވާ ބަނދެ ބޮޑާ ހާކާ ރޮއެހޭރޭ މީހަކީ ގާސިމް ކަން ވެސް ޒަމާން ދައްކައި ދީފިއެވެ. ކޮވިޑް އައުމާ އެކު ގައުމަކާ ގައުމެއް ދޫކޮށް މުވައްޒަފުންގެ މުސާރަ 1000 ރުފިޔާއަށް ހަދާ ގައުމަށް ފިލި ލީޑަރޝިޕް ނެތް ޑީލަރަކީ ގާސިމް ކަންވެސް ޒަމާން ދައްކައި ދީފިއެވެ. ކޮވިޑަށް މިލާ މޯޅިވި ބުރުމާ ވެރިކަމަށްޓަކާ ފަރިވެ ފޮޅެން ފެށިގޮތް އަނެއްކާ ވެސް ޒަމާން މިއޮތީ ދިވެހިންނަށް ދައްކައި ދީފައެވެ. ވެރިކަން ނުކިޔަމާ ބަހީއެވެ. ގާސިމަކީ ކޯލިޝަން ހަދަންވެސް ހެޔޮނުވާވަރު މީހެއްކަން ހަމަ މިދަންނަވާ ޒަމާން މިވަނީ ތަކުރާރުކޮށް ދިވެހިންނަށް ދައްކައި ދީފައެވެ.

ޒަމާން މިިކިޔަނީ ފާއިތުވެދާ އެތައް އަހަރަކަށެވެ. ދެން އޮތީ އޭނާގެ ހަޔާތުގައި ފަސްފަހަތުން އައިސް އައިސް އެހުރި އޭނާގެ ޢަމަލު އޭނާގެ ކޮނޑުގައި ކޮއްޓާލުމެވެ.

]]>
Mon, 27 Feb 2023 13:32:14 +0500 ހީރަސް
ކޮވިޑަށް މޯޅިވެ އިންތިހާބަށް ފަރިވެފޮޅޭ ބުރުމާ https://heerasnews.com/1078 https://heerasnews.com/1078 ސުރުޚީ އަކާ ލިޔެފައި މިއޮތް ވާހަަކައަކާ ދިމައެއް ނުވެއޭ ބުންޏަސް ވަރިހަމައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން ލިޔެފައި މިއޮތީ ލިއުނު މީހާ ލިޔަން ބޭނުންވި ގޮތަށެވެ. ދެން ހަދާނެ އެއްޗެއް ހަދާށެވެ. އެހެން ސުރުޚީއެއް ޖަހާފައި ކޮވިޑަށް މޯޅިވި ބުރުމަލާ މާބުރުގެ ވާހަަކަ ވެސް ލިއުނީމާ ލިޔެވޭނެއެވެ. އިހަށް މިހާރު ލިޔެފައި މިއޮތްއެތި ކިޔާށެވެ.

2018 ގެ އިންތިޚާބު ބޯމަތިވިއިރު އެންމެން ތިބީ ހަދާނެ ގޮތާ ހެދޭނެ ގޮތް ހުސްވެފައެވެ. ހުރިހާ އިދިކޮޅު ޕާޓީ ހުރަގޭގައެވެ. ވަރުގަދަ ޖަލުހުކުމް ތަކުން އަވަދިވެފައެވެ.

ސިޔާސީ ކުރިމަގު އޮތްތަނުގައި ބާއްވާފައި ކޯލިޝަން ހެދީ ޖާނު ސަލާމަތް ކުރުމަށެވެ. ފަހު ވަގުތާ ޖެހެންދެން ރައީސް ނަޝީދު ބޭރުގައި ހުރެގެން ވިދާޅުވީ އީޔޫ އާއި ޔޫއެން އާއި  ބައިނަލްއަގްވާމީ މުޖުތަމައުން ފަހު ވަގުތު ޔާމީން ފިއްތާލާނެ ކަމަށެވެ. ކުއްލި އަކަށް މަތިން ފައިބާ ދަނގަޑު އަތަކުން އެ މަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީފާ އިންތިޚާބަށް ނެރޭނެ ކަމަށެވެ. 

ސަލާމަތުން ތިބި މީހުން އެރިސްކް ނަގާކަށް ބޭނުމެއް ނުވިއެވެ. ޔާމީންގެ ގޮތް އޮތީ އެނގިފައެވެ. ކޮމަންވެލްތުން ޔާމީނަށް ފިޔަވަޅު އަަޅަން ނިންމުމާއެކު ކޮމަންވެލްތުން ރާއްޖެ ވަކިވެ އެ މަޅިން ބޯދަމައިގަތް ގޮތް ރައީސް ނަޝީދަށް ފެނިވަޑައިނުގަތަސް ދެންތިބި މީހުންގެ ހަމަހޭ ހުއްޓެވެ. 

ކޮށްފައިހުރި ކަންކަމާ، އެކައުންޓަށް ވެއްދިހާ ފައިސާ އޭރުވެސް ޔާމީނަށް އެނގެއެވެ. ވެރިކަން ނުލިބިއްޖެ ނަމަ މިއަދު ވަދެ އޮންނަން ޖެހޭނެ ގޮޅި އޭރުވެސް ޔާމީނަށް ފެނެއެވެ. ވީއިރު ޔާމީނަށް ކޮން އިޔޫއެއް ހެއްޔެވެ؟! 

ތަފާތު ގޮތްގޮތުން ބަނދެ ހަފުސްކޮށް ހުކުމް ތަކުން ތާށިކޮށް ޖަލަށްލައި ނޫނީ ރާއްޖޭން ބޭރަށް އަރުވާލެވިގެން ނޫން ގޮތެއްގައި ހުރި ސިޔާސީ ލީޑަރެއް ނެތެވެ.

އައިސީޔޫ އިން އީޔޫއަށް އަދަބު ލުއިވެ، ޖަރުމަނު ފަސްގަނޑުގައި ބޭސްފަރުވާގެ ބަހަނާގައި ފައިޖެހުމާ އެކު ގާސިމްގެ ޞިއްޙަތު ޅަދުވަހަށް ބަދަލުވީއެވެ. ރައީސް  ނަޝީދަށް  އޮތީ  އިނގިރޭސި  ވިލާތުގެ  ރޯޔަލް  ހިމާޔަތެވެ. ދެން ތިބި މީހުން މަގުތައް މަތީ ގަނަތެޅި ހަފުސްވެ ކަރަންޓް މުގުރާލާ އަވަދިވެ، ކަރުނަގޭހުން ފޯވަނީއެވެ. 

ކުރިމަތީގައި އޮތީ ބޮޑު ސުވާލެކެވެ. އެއީ،  ރައީސް ނަޝީދުގެ ހުވަފެނީ ކެންޑިޑެސީގެ އަވާގައި ޖެހިގޮސް ފަހު ވަގުތު އެކަންނުވެ އިތުރު 5 ފަސް އަހަރު އެހާލުގައި ޔާމީންގެ އަތްދަށުވާން ރާއްޖެ ދޫކޮށްލާނީތޯ ނުވަތަ އެއްބަސް ވެވޭ ކެންޑިޑޭޓަކު ނެރެ އޭރުގެ އަނިޔާވެރި ކަމުން ނެއްޓިގަންނާނީތޯ އޮތް ސުވާލެވެ. 

ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވީ 2018 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެހުންނެވެ. އެ ކޮންގްރެހަކީ އުކުޅަހު ބަޣާވާތޭ ކިޔާ ނަންދިން ބަޔަކީ ކޮބައިކަން މިހާރު އެމްޑީޕީ ތެރޭން އެފެންނަނީއެވެ.

މިއުޅެނީ އިތުރު އެއްވެސް ގޮތެއް ވެގެންނެއް ނޫނެވެ. ހުރިހާ އަދާވާތްތެރިކަމާ ހަސަދަ އަދި ފިތުނަވެރި ކަމެއްގެ ފެށުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް މަށަށް ނުލިބުނު ތަނުގައި އަމުދުން ހިންނަވަރު ކުއްޖަކަށް ލިބުނީއެވެ. އަދި މިހާރު ދެންވާން މިދަނީ މާގޯސް ގޮތެކެވެ. 

ކުޑަރަށެއް ބޮޑުރަށެއް ފަޅު ރަށެއް ނުބަލާ ކުރި ކަންކަމުން އަނެއްކާ އިތުރު ދައުރަކަށް އެހެރަގެން ދޮންވެ ފައްކާވަނީއެވެ. ހިންވަރާ ތަކަން މާރަންދޫ އަދި ފޯއްމުލައް ނޫނީ އައްޑޫ މީހަކު ރާއްޖޭގެ ވެރިކަން ކުރަން ބޭނުން ނުވާ ބޭފުޅުން ރާއްޖޭގައި ތިބިކަން ދިވެހިން ދަނެއެވެ. 

އުކުޅަހުން ފެށި ދައުރު ނިމި މި ދަނީ އެމްޑީޕީ ތެރޭން ނުކުތް ބަޔަކު އިދިކޮޅު ޕާޓީއަށް ވުރެ ސަރުކާރަށް ކުރާ ދުއްތުރާ ބޮޑުކޮށްގެން ތިބެއެވެ. ސިޔާސީ މަގާމު ތަކުގައި ތިބެ ސަރުކާރަށް ގުއިފުރާ ޖެއްސުންކޮށް ވަޒީފާގެ ބިރުދައްކަނީއޭ ގޮވަމުން ބޮޑު މުސާރަ ނަގަނީއެވެ. 

ކުރި ކޮންމެ ވާދައަކުން ބަލިވެ ގޮތްހުސްވެ ނާޗާރުވެ ބޭގަރާރު ވީމާ ތިބެގެން ކުރާ ކަމަކީ މަޖިލިހަށް ޒާތްޒާތުގެ ގަރާރު ހުށައަޅައިގެން ސަރުކާރާ ދިމާ ކުރުމެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިގެން ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞޯލިޙެވެ. އެމަނިކުފާނާ ކުރައްވާނޭ  މަޝްވަރާއެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީމާ ދެގޮތުން ކުރެ އެއްގޮތެއް ވެއްޖެއެވެ. އެހެންޏާ އެމްޑީޕީ އެއް މިހާރު ނެތެވެ. އެމްޑީޕީ އޮތިއްޔާ އެޕާޓީގެ ރައީސެއް މިހާރަކު ނެތެވެ.

]]>
Sat, 25 Feb 2023 12:51:31 +0500 ހީރަސް
އެމްއެމްޕީއާރުސީ ހިޔަނާތަށް ރައީސް ނަޝީދު ވެންނެވުން https://heerasnews.com/1068 https://heerasnews.com/1068

ރައީސް ޔާމީނުގެ ވެރިކަމެވެ. އޭރުވެސް ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބައެއް ފަނޑިޔާރުންނާ ރައީސް ނަޝީދު ވަރަށް ހިއްޕުޅާ ނުވެއެވެ. ފަނޑިޔާރުންގެ ބެންޗުން ބޭރުކުރުމަށް ރައީސް ނަޝީދު އެންމެ ބޮޑަށް އޭރު ބޭނުންވެފައި ހުންނެވީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދެވެ. އެދޭބެފުޅުން ވަކިކުރެވޭނެ އެއްވެސް ގޮތެއް ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްގެން ނޫނީ ރައީސް ނަޝީދަށް ފެނިވަޑައެއް ނުގަތެވެ. އެހެން ކަމުން ސްޕްރީމް ކޯޓުގެ ބެންޗް ހަތަކުން ފަހަކަށް ތިރިކުރަން މަސައްކަތްޕުޅު ފެއްޓެވުމަށް ރައީސް ނަޝީދު ނިންމެވިއެވެ.

އިދިކޮޅު މައިޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެގެން އެކަން ކުރެއްވުމަކީ އެހާ ފަސޭހަފުޅު ކަމަކަށް ނުވިއަސް އެމްޑީޕީ ޕީޖީ ގްރޫޕް މެދުވެރިކޮށް އެކަން ކުރެއްވޭތޯ މަސައްކަތްޕުޅު ފެއްޓެވިއެވެ. ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކުރާ އިސްލާހު އެމްޑިޕީގެ ޕީޖީ ގްރޫޕް މެންބަރ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް ) ލައްވާ މަޖިލީހަށް ހުށަހެޅުވިއެވެ.

އޭރު ރައްޔިތުންގެ މަޖިލީހުން ކަމެއް ބަދަލުކޮށްވޭވަރުގެ މެޖޯރިޓީއެއް އެމްޑީޕީއަކު ނެތެވެ. އެހެންކަމުން އެ އިސްލާހު ގެންނަން ކުރި މަސައްކަތް ވައިގާ ހިފާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެ އިސްލާހު އަނބުރާ ނެގުމަށް މަވޯޓާ ޝަރީފް ނިންމެވިއެވެ. އެ ވަގުތަކީ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ރައީސް ޔާމީނު ވެސް ބޭނުންފުޅުވެފައި ހުންނެވި ދަނޑިވަޅެކެވެ. ރައީސް ޔާމީނު ގާނޫނު އަސާސީއަށް ގެންނަން ބޭނުންވެ ވަޑައިގެން ބަދަލުތައް ގެނެވޭ ވަރުގެ އަގުލަބިއްޔަތެއް ރައީސް ޔާމީނަކަށް ވެސް މަޖިލީހުގައި ނެތެވެ. ދަނޑިވަޅު ބައްލަވާ ރައީސް ޔާމީނު ހިޔާރު ކުރެއްވީ ރައިސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަންކަން ކޮއްދެއްވައިގެން ރައީސް ޔާމީނު ބޭނުންފުޅުވި ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ރައީސް ޔާމީނު ވެސް ބޭނުންފުޅު ނުވާ ބައެއް ފަނޑިޔާރުން ތިއްބެވުމުން ސްޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުމަކީ ދެ ރައީސުންނަށް ވެސް އެއްބަސްވެ ވަޑައިގެންނެވޭ ކަމަކަށްވިއެވެ. ސްޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުމަށް އެމްޑީޕީން މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ނެގުން ރައީސް ޔާމީނުގެ އެދިވަޑައިގަތުމަށް ރައީސް ނަޝީދު ހުއްޓުވިއެވެ. ރައީސް ޔާމީނު ވެސް ހުންނެވީ އެ މަނިކުފާނު ބޭރު ކުރައްވަން ބޭނުންފުޅުވެ ވަޑައިގެން ދެ ފަނޑިޔާރަކު ބޭރު ކުރެއްވުމަށް އިންތިހާއަށް ބޭނުން ފުޅުވެފައެވެ. އަނެއް ކޮޅުން ގާނޫނު އަސާސީއަށް ރައީސް ޔާމީނު ގެންނަވަން ބޭނުންފުޅުވި އިސްލާހުތައް ގެނައުމަށް އެމްޑީޕީގެ ތާއީދު ހޯއްދެވުމަށް ހުޅުވާލެވޭ ދޮރަކަށް ސްޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުން ރައީސް ޔާމީނު ހެއްދެވިއެވެ.

ރައީސް ޔާމީނު އެމްޑީޕީގެ ތާއީދު ބޭނުންފުޅުވި ކަންކަން:

  1. އަހުމަދު އަދީބު ރައީސުލްޖުމްހުރިއްޔާގެ ނައިބުކަމަށް އައްޔަނު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު ކަމުގެ މަގާމުގެ ޝަރުތުގެ އުމުރު 30 އަހަރަށް ދަށްކުރުން
  2. އޮނަރަބަލް ގާސިމް އިބްރާހީމަށް ރައީސުލްޖުމްހުރިއްޔާގެ މަގާމަށް ކުރިމަތި ނުލެއްވޭނެހެން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރު 65 އަހަރު ކަމުގައި ކަނޑައެޅުން.
  3. ފާފު އަތޮޅު ވިއްކުމަށްޓަކާ ބޭރު މީހުނަށް ބިންކޭ ގޮތަށް ގާނޫނު ބަދަލު ކުރުން
  4. ސްޕްރީމް ކޯޓުގެ ބެންޗުން އަލްއުސްތާޒު އަހުމަދު ފާއިޒާއި އަލްއުސްތާޒް މުއުތަސިމް އަދުނާނު ވަކިކުރުން.

ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކި ކުރުމަކީ މަޖިލީހުގެ ކުޑަ މެޖޯރިޓީ އަކުން ކުރެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ. ރައީސް ޔާމީނު ބޭނުންފުޅު ވިޔަސް އެކަން ކުރެއްވޭ ވަރުގެ މެޖޯރިޓީއެއް ރައީސް ޔާމީނަކަށް މަޖިލީހަކު ނެތެވެ. ނަތީޖާއެއްގެ ގޮތުން އެކަން ކުރެއްވުމަށްޓަކާ ރައީސް ޔާމީނަށް ފެނިވަޑައިގެން އެންމެ މޮޅުގޮތަކީ ރައީސް ނަޝީދާއެކު ޑީލް ހެއްދެވުމެ. 

ދެ ރައީސުންގެ ޑީލްގެ ދަށުން އެއްބަސް ވެވުނު ކަންކަން:

  • ސްޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުމަށްދޭ ވޯޓުގެ އަގެއްގެ ގޮތުގައި 88 މިލިޔަން ޑޮލަރ އެމްޑީޕީ މަޖިލިސް މެންބަރުންނަށް ދިނުން
  • ބެންޗް ކުޑަ ކުރުމުގެ އިސްލާހު ހުށަހެޅުއްވި މެންބަރު އިބްރާހީމް ޝަރީފު މެދުވެރިކޮށް މެންބަރުންނަށް ދޭ 88 މިލިޔަން ޑޮލަރު ބެހުން
  • އިސްލާހާ ދެކޮޅަށް ތްރީލައިން ވިޕެއް ނުނެރި ވޯޓު ދިނުމުގައި އެމްޑީޕީ ފްރީލައިން ވިޕެއް ނެރުން
  • ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައިގަންނަވާ ދެ ފަޑިޔާރެއް ބެންޗުން ބޭރު ކުރުމަށް ރައީސް ނަޝީދު އިއުތިރާޒު ނުކުރެއްވުން.
  • ކުރިއަށް އޮތްތާ މަޖިލސްގެ ތެރެއިން ނިންމަން ޖެހޭ ކަންކަން ޔާމީނު އެދިވަޑައިގަންނަވާ ގޮތަކަށް ނިންމަން ދަތިވާ މައްސަލަތަކުގައި އެކަމަކަށް އެއްބަސްވެވޭ އަގެއް ދިނުމުން ވޯޓުލުމުގައި އެމްޑީޕީން ތާއީދުކޮށް ފްރީލައިން ވިޕެއް ނެރެ އެ މެންބަރަކަށް ފެންނަ ގޮތަކަށް ވޯޓު ދޭން ފުރުސަތު ދިނުން.
  • ރައީސް ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ހުކުމް ތަންފީޒު ކުރަން ރާއްޖޭގައި ނުބަހައްޓަވާ ރާއްޖޭން ބޭރަށް ފުރުވާ ލެއްވުމާއި 2018 ގެ ރިޔާސީ އިންތިހާބު ރަޢީސް ޔާމީނަށް ކާމިޔާބު ވެއްޖެނަމަ ރައީސް ނަޝީދު މިނިވަން ކޮށްދެއްވުން.
  • 2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ދައުލަތް ހިންގުން ބަދަލު ކުރުން

ދެރައީސުންގެ ޑީލުގެ ނަތީޖާ:

  • ސްޕްރީމް ކޯޓުގައި އޭރު ތިއްބެވި އެންމެ އިތުބާރު ހުރި 2 ފަނޑިޔާރުން ކަމަށް ބެލެވޭ އަހުމަދު ފާއިޒާއި މުއުތަސިމް އަދުނާނު ފަނޑިޔާރު ކަމުން ދުރުކުރުން.
  • ރައީސް ކަމާއި ނައިބުރައީސްކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރާ އެންމެ ދޮށީ އުމުރު ޔާމީނު ބޭނުންފުޅުވި ގޮތަށް ކަނޑައެޅިގެން ދިޔުން.
  • އަހުމަދު އަދީބު ނައިބު ރައީސްކަމަށް އައްޔަނު ކުރެވިގެން ދިޔުން
  • ގާސިމް އިބްރާހީމަށް ރައީސް ކަމަށް ކުރިމަތި ލެއްވުމުގެ މަގު ބަންދު ކުރުން.
  • ފާފު އަތޮޅު ވިއްކާ ލެވޭނެހެން ބިން ވިއްކުމުގެ އިސްލާހު ފާސްވެގެން ދިޔުން
  • ޔާމީނުގެ ރިޝްވަތުގެ މަޅީގައި އެމްޑީޕީގެ ލީޑަރޝިޕާއި ޕީޖީ ގްރޫޕް ތަކުރާރުކޮށް ޖެހި އެމްޑީޕީގެ ޑިމޮކްރެޓިކް ވެލިއުސް ގެއްލި ވައްކަމުގެ އިނގިލި ދިއްކުރުމުގެ ދޮރު ހުޅުވުން.
  • ރައީސް ނަޝީދާއި އެމްޑީޕީ އިސް ސަފުގާ ތިއްބެވި އެތައް ބަޔަކަށް އެމްއެމްޕީއާރުސީ ހިޔާނާތުން ގިނަ އަދެއްގެ ފައިސާ ލިބުން 
  • ރައީސް ނަޝީދު ޖަލުން ވީއްލި ބޭރަށް ފުރާ ވަޑައިގަނެވޭނެ ގޮތް ހަމަޖެހިގެން ދިޔުން.
  • އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގުތަކާއި ޝަރީއަަތް ތަކަށް ހިޔަނި އެޅުން.

]]>
Wed, 22 Feb 2023 15:10:15 +0500 ހީރަސް
އީވާމެންގެ ދުވަސް އެމްޑީޕީގައި މާޒީވެ ހިނގައްޖެ! https://heerasnews.com/1064 https://heerasnews.com/1064 ސަރުކާރަށް ހަތަރު އަހަރު ނިމިގެން ދިޔައިރު އެއްވެސް ކަމެއް ހާސިލް ކުރެވިފައި ވާތަނެއް އީވާއަކަށް ނުފެންނާނެއެވެ. އީވާ އަނދިރި ނޫންނިއްޔާ ސަރުކާރުން މިހާރު މިކުރެވޭ ހެޔޮވެރިކަން ފެންނާނެއެވެ. ދިމާލަށް ފެންނަން ހުރި ރަނަގަޅު ކަންކަން ނުފެންނާނީ އަނދިރި ވީމައެވެ. އީވާއަށް އަބަދުހެން ފެންނަނީ ނުހިނގާ ނުބައި ކަންކަމެވެ. ހިނގާ ރަނގަޅު އެއްވެސް ކަމެއް ނުފެނެއެވެ. އީވާގެ ލޮލުން ބެލީމާ އަންނި ނޫން މީހަކަށް ހެޔޮކޮށް ކަމެއް ކުރެވޭތީއެއް ނުފެންނާނެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އޭނާގެ ވާޖިބުތައް އަދާ ކުރުމަށް އިސްކުރާ ސިޔާސީ ވެރިން ވެސް ވާންޖެހެނީ އީވާ ބުނާ ބަޔަކަށެވެ. އެމީހުން ކުރާން ޖެހެނީވެސް އިވާމެން ބުނާ ކަންކަން އީވާމެން ބުނާ ގޮތަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ވާންޖެހެނީ އީވާމެންގެ ގޮނޑިކޮއްކޮ އަކަށެވެ. އީވާމެން ބުނާ ގޮތުން ހީވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް ސާލިހު ހޮވާފައި އެހުރީ އީވާމެން އެކަނި ވޯޓު ދީގެންހެނެވެ. ނުފޫޒު ފޯރުވަން އުޅުނަސް ބޮޑުވަރެވެ.

ރައީސް ސާލިހަކީ އެމްޑީޕީގެ ޓިކެޓްގައި ރައީސް ކަމަށް އިސްވެ ހުންނެވި ބޭފުޅެކެވެ. އެމްޑީޕީއާއި އެނޫން އެތައް ބަޔަކު ވޯޓު ދީގެންނެވެ. ރައީސް ސާލިހު ސަރުކާރުގެ މައި ޕާޓީއަކީ އެމްޑީޕީކަން އެކަކަށްވެސް ނޯޅެއެވެ. ހޮދު ރައީސް ސަރުކާރު ހިންގަވަނީ އެމްޑީޕީގެ މަސްލަހަތުތައް ހިފަހައްޓަވައިގެން އެ ގޮތުގެ މަތީންނެވެ.

ހަމަ ތެދެކެވެ. ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ހިންގަނީ އަސާސީ ގަވައިދަކާއި ކޮންގްރަސްއިން ކަނޑައަޅާ ގޮތަކަށް ގައުމީ މަޖިލީހުގެ ނިންމުންތަކާއެއް އެއްގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަނީ ޕާލަމެންޓްރީ ގްރޫޕެވެ. އެ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ސަރުކާރާ އެކުއެވެ. ސަރުކާރު އެމްޑީޕީ ވާނީ މިހާކަށް ވަރަށެވެ.

ރައީސް ސާލިހު ސަރުކާރު ހިންގަވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ލަފަޔާ އިރުޝާދާއެކު ގައުމީ މަޖިލީހުގެ ނިންމުތަކާއި ޕާލަމެންޓްރީ ގްރޫޕްގެ ތާއީދާއި އެއްބާރުލުން ލިބިގެންނެވެ. އަމްދުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ ހިލާފަށް އެމްޑީޕީގެ ނަމުގައި ސަރުކާރުން އެއްވެސް ކަމެއް ނުހިންގައެވެ. އެނޫން ގޮތަކަށް އެމްޑީޕީގެ އެއްވެސް ކަމެއް އަދި ސަރުކާރުގެ ކަމެއްވެސް މިހާރަކު ނުހިނގައެވެ. ހިންގާކަށް ނުވެސް ޖެހެއެވެ. އެމްޑީޕީގެ ކަންކަން ހިނގަނީ މެޖޯރިޓީ އޮތް ގޮތަކަށެވެ. އަންނިއާއި އީވާއާއި އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅޭ ބައިގަޑެއް ރުހޭހާ ގޮތަކަށް ނޫނެވެ. 

އިވާ ވިޔަސް އަންނި ވިޔަސް އެމްޑީޕީގެ މެޖޯރިޓީއަށް ޖެހޭނީ ތަބަވާށެވެ. ހޮދު މުހުތާރު ނުފޫޒެއް ޑިމޮކްރެޓިކް ވެއްޓެއްގައި އީވާ މެންނަކަށް ވެސް އަބަދަކު ނުހިންގޭނެއެވެ. ނުފޫޒާ ބާރުން ކަންކަން ކުރައްވަނީ ރައީސް ސާލިހެއް ނޫނެވެ. ނުފޫޒާ ބާރުން ކަންކަން ކުރަން ބޭނުންވެ ނުކުރެވިގެން ތިޔަ އުޅެނީ އީވާމެނަށެވެ. އެ ދުވަސް އެމްޑީޕީގައި މާޒީވެ ހިނގައްޖެއެވެ. އީވާމެންގެ ގޮށްމުށުގެ ވަކިތަކުން އެމްޑީޕީ މިހާރު އޮތީ މިނިވަންވެ މެޖޯރިޓީގެ ބާރުވެރިކަމުގެ ދަށަށް ގޮސްފައެވެ.

ފިސާރި ތެދެކެވެ. ސަރުކާރަށް ނިސްބަތްކޮށް ފަސާދައާއި ކޮރަޕްޝަންގެ ވާހަކަ އީވާމެން ނުދައްކާށެވެ. ސަރުކާރަށް އިނގިލި ދިއްކުރާ ކޮންމެ ފަސާދައަކާއި ކޮރަޕްޝަނެއްގެ ފަހަތުގައި އިވާމެންގެ ބައިވެރިވުން އޮތްވަރު ދާދި އަވަހަށް ފެންނާނެއެވެ. ވަގުހަންލައިގެން އަބަދަކު ނޫޅެވޭނެއެވެ. ފަރިތަ ދުލެއް އޮތުމުން ތިބިއްޔާ ތިބި ބަޔަކު ބަދުނާމުކޮށް ވަގުމަތި އަޅުވާ ހެދުނު ދުވަސް މިދަނީ މާޒީ ވަމުންނެވެ. ތިމަ ތިމާމެން ކުޅަހާ ކަންކަމާއި ހިންގިހާ ޖަރީމާ ރައްޔިތުންނަށް ތިލަވެ ހަގީގަތް ހާމަވުމުން ވެސް ލަދެއް ހަޔާތެއް ނުހުންނާނެކަން އެނގެއެވެ.

]]>
Mon, 20 Feb 2023 21:49:00 +0500 ހީރަސް
މާރިއަށް ރައްދު ދެވޭވަރަށް ވުރެ ބޮޑު ފޭލިޔަރެއް https://heerasnews.com/1058 https://heerasnews.com/1058 އޮނަރަބަލް މާރިޔާ ދީދީއަށް ރައްދުދީ ދިޔާނާ ޖެހި ހިސާބެކޭ " އަދުރެމެޓިކް" އެކޭ ތަފާތެއް ނެތެވެ. ރާއްޖޭގެ ސިޔާސީ ކަންކަން މިނެ ކިރަން ދިޔާނާއަށް އެނގޭ ނަމަ ދިޔާނާ މިއަދު ހުރީހީ އަގުޅިނެތް ކަންނޭލެއްގެ ގޮތުގައެއް ނޫނެވެ. ދުވަހަކު ދިޔާނާ ޖެހި ހިސާބެއް ދިމާވެ ދިޔާނާގެ އަންދާޒާ އަކަށް މި ގައުމުގައި ކަމެއް ނިމުނު ހެއްޔެވެ. މަޖިލީހަށް ވަންނާނަމޭ ހިތާ ކިތައް ފަހަރު ކިތައް ދިމާލަށް ކުރި މަތިލީމު ހެއްޔެވެ. ކުޑަކުޑަ ކޮންސިޓިއެންސީ ގަނޑަކުން މަޖިލީހުގެ ގޮނޑިއެއް ހޯދާ ނުލެވޭ ވަރުގެ ފޭލިޔަރުން ފުއްޕާފާ ސިޔާސީ ހިސާބު ނުޖަހާށެވެ.

ދެހާސް ބާރާގައި އެމްޑީޕީގެ މެންބަރުންގެ އަދަދު އެނގޭ ހެއްޔެވެ. ފަނަރަހާސް ހަމައެއް ނުވެއެވެ. 2008 ގެ ރިޔާސީ ޕްރައިމަރީގައި ނަޝިދަށް ލިބުނީ އަށް ހާހެއްހާ ވޯޓެވެ. އެއީ އޭރުގެ ވޯޓިންްގ ޕޮޕިއުލޭޝަންގެ ފަސްޕަސެންޓް ހަމަ ނުވާ މިންވަރެކެވެ. އެކަމަކު 2008 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރައީސް ނަޝީދެވެ. މިހާރުވެސް ދިޔާނާ ތިޔަ ޖެހީ އެ ޒާތުގެ ހިސާބެވެ.

ރައީސް ސާލިހަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އެއްބުރުން 68 އިން ސައްތައިން ރައީސް ކަމަށް އިސްވި ފުރަތަމަ މީހާއެވެ. އެ މަނިކުފާނުގެ ފަހަތްޕުޅުގައި އަދިވެސް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެބަ އޮތެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮންގްރެސްމަނުންގެ ފުޅާ އަގުލަބިއްޔަތު އެބައޮތެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ ދުވަހަކު ނުދެކޭ ލުއިފަސޭހަ އެ މަނިކުފާނު ވަނީ ރައްޔިތުންނަށް ހޯއްދަވާ ދެއްވާފައެވެ. މިހުރީކީ ސަމާސާ ކަންކަމެއް ނޫނެވެ. 

މާ ބާރެއްލާފައި އެމްޑީޕީން ބަޔަކު ވަކި ކޮށްގެން ނަޝީދަށް ވޯޓު ތަކެއް ގެއްލުވާލި ވާހަކަ ތިޔަ ދައްކަނީ ކޮން އަސާސެއްގެ މައްޗަށް ހެއްޔެވެ. 39000 މެންބަރެއް އެމްޑީޕީ ވަކިކޮއްގެން ދިޔާނާމެން އަނގަ ދިޔާކުރާއިރު އެ ހުރިހާ މެންބަރުންނަކީ ވެސް އެހެން ޕާޓީ ތަކުގައި ރަޖިސްޓްރީ ވެފައި ތިބި ބައެކެވެ. އެ ހުރިހާ އެންމެންނަކީ ވަކިނުކޮށް ތިބި ނަމަ ރައީސް ސާލިހަށް ވޯޓު ދޭނެ މީހުން ނޫން ކަމެއް ދިޔާނާމެނަށް އެނގެނީ ކިހިނެއް ހެއްޔެވެ. ނޫނީ އެ އެންމެން ރައީސް ނަޝީދަށް ވޯޓު ދޭނެކަން އެނގޭ ގޮތަކީ ކޮބައި ހެއްޔެވެ.

އެންމެ ފަހުން އޮތް ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރި އިމްތިޔާޒް ފަހުމީ ފޭލިވީ އެބުނާ ވަކިކުރި 39000 މީހުން އެމްޑީޕީ މެންބަރުން ގެ ގޮތުގައި ތިއްބައެވެ. އިދާރީ ކޮންޓްރޯލް ނަޝީދު އަތުގައި ފުރިހަމައަށް އޮއްވައެވެ. އަނެއް ކޮޅުން އެންމެ ފަހުން އޮތް ދައިރާ ރައީސުން ހޮވުމުގެ އިންތިހާބުން ވެސް ނަޝީދުގެ ހުރިހާ ކެންޑިޑޭޓުންހެން ފޭލިވީ އެ 39000 މީހުން ޕާޓީގެ ދަފުތަރުގައި އޮއްވައެވެ. އެހެން ކަމުން ދިޔާނާމެން ތިޔަ ދައްކަނީ ފުލެއް މެދެއް ބިތެއް ނެތް ވާހަކައެކެވެ.

އެނގޭ ހެއްޔެވެ. ސިޔާސީ ގޮތުން މީހުން މިނާނީ އެ މީހެއްގެ އެކަނި ބުރަދަނަކުން ނޫނެވެ. އެ މީހާގެ ވަށައިގެން ތިބީ ކޮންބައެއްކަމާއި އެ ބައަކާ ގުޅިލާމެހިފައި ތިބީ ކިހާ މީހުނެއް ކިހާވަރަކަށް ކަން ނޭގި ސިޔާސީ ގޮތުން މީހެއްގެ ބުރަދަން ބެލީމާ ވާގޮތް ވެފާ ތިބި ލައްކަ ސިޔާސީ ފޭލިޔަރުން އެބަތިއްބެވެ. ދިޔާނާއަކީ އޭގެ ތެރެއިން އެކެކެވެ.

]]>
Sun, 19 Feb 2023 15:55:28 +0500 ހީރަސް
ސަމަދުބެއަށް ބަދަލުދޭން ޖެހޭނީ ޕީޕީއެމުން.! https://heerasnews.com/1041 https://heerasnews.com/1041 އުމުރު  ބޯދަށަށްޖަހާ  ތަނެއްގައި  އިސްތައްޓެއް  އިނިއްޔާ  އެވެސް ހުދުވެއްޖެއެވެ،  ގައުމީލެއޭ  ކިޔާ  ނުކުތްއިރު  ލޭމައްޗަށް  ދާތީ  ކާހާ  ބޭހާ  ނުލައި  އުޅެވޭކަށް  ނެތެވެ.  ކޮލެސްޓްރޯލް  ހުރެއެވެ.  ހިތުގެ  ބަލި  ބޮޑެވެ.  ރާއްޖޭން  ނުކުރެވޭ  ބޭސްފަރުވާ  އެންމެ  ގިނަ  ދިވެހިން  ހޯދަނީ  އަވަށްޓެރި  އިންޑިއާ  އިންނެވެ. 

ސިޔާސީ  ބޭނުމަށް  ސަރުކާރާ  ދެކޮޅަށް  ނެރެން   ގިނަ  ދިވެހިން  ދަހިކޮށްކާނެ  އެންގަޑެކޭ  ހީކޮށް  ޕީޕީއެމުން  އުފެއްދި  ކުލަ  އުފެއްދުމަކީ  އިންޑިއާ  އައުޓް  ކިޔާ  ވަތަނީ  ދެލަފްޒެވެ.  ފުލެއްބިތެއް  ހަގީގަތެއް  ނެތަސް  ލައްކަ  ބޮޑު  ވާހަކައެކެވެ.  އަމިއްލަ  ސިކުނޑިން  ވިސްނަން  ކަންނެތް  މީހުން ،  ސިޔާސީ  މީހުން  ނެރޭ  މިފަދަ  ހީލަތުގައި  ބެދޭލެއް  އަވަސް  ވާނެއެވެ.  އިސްލާމް  ދީނާ  ވަތަނާ  ގައުމާ  ދީނޭ  ކިޔައިގެން  އަތުރާލާ  ބަސްތަކުގެ  އަވާގައި  ޖެހޭ  މީހުން  އުޅެއެވެ. 

މިފަދަ  ވާހަކަ  ތަކާ  ބަސްތައް  ނެރޭ  މީހުންގެ  ކިބައިގައި  ދީނަށް  ހުރުމަތެއް  ގައުމަށް  ލޯތްބެއް  ނެތްކަން  އެނގޭނީ  ވެސް  އެކަންކަމާ  މެދު  ވިސްނާލިއްޔާތާއެވެ.  ނުވިސްނާ  ތިބެ  އިވޭ  ބަސްތަކަކަށް  ވަޖިދުވެގެން  ދުއްވައިގަތީމައި  އަނގަވަތަށް  ވެއްޓި  ލިބޭ  ހުރިހާ  ގެއްލުމެއް  ލިބެނީ  ޚުދު  ތިމާ  އަށާ  ތިމާގެ  އާއިލާ  އަށެވެ.  މީގެ  އެންމެ  ތާޒާ  މިސާލަކީ  ޕީޕީއެމްގެ  ސަމަދު  ބެއަށް  މިފަހުން  ޖެހުނު  ދަތުރެވެ. 

ވެރިކަމުގައި  ހުރެ  އިންޑިއާ  އާ  ހެދި  މޮޔަވެ  ފުރަމާނަ  ދަތުރުކޮށް  ބޮޑު  ވަޒީރު  މޯދީއާ  ކަރާ  ކަރުޖައްސާ  ގުޅުން  ބަދަހި  ކުރީ  ޔާމީން  ކަމެއް  ސަމަދޭބޭ  މެން  ވިސްނާކަށް  ބޭނުމެެއް  ނުވިއެވެ.  ވެރިކަން  ގެއްލުމުން  ސަރުކާރާ  ދެކޮޅަށް  މަގުތަކަށް  މީހުން  ގުޅަޖެއްސޭނެ  މޮޅު  ބަސްތަކެއް  ކަމަށް  ބަލާ  އިންޑިއާ  އައުޓޭ  ކިޔާ  އެއޮށް  ބޮޑު  ގައުމާ  ދެކޮޅަށް  ހަނގުރާމަ  އިއުލާން  ކުރީއެވެ. 

ޑޮކްޓަރުންނާ  ޓީޗަރުންނާ  ނަރުހުންނާ  ދެންވެސް  ރާއްޖޭގައި  ހިދުމަތް  ކުރަން  ތިބި  އިންޑިއާ  ރައްޔިތުން  ހާރުވާ  ލަދުގަންނަވަން  ސަމަދޭބެމެން  ރޭނިދި  ނުނިދައެވެ.  ބޭރު ގައުމެއްގައި  ތިބި  ދިވެހިންނާ  ދެކޮޅަށް  އެ ގައުމުގެ  ބަޔަކު  އެހެން  ނުކުތީމާ  ގަންނާނެ  ބިރާ  ލަދު  ސަމަދޭބެ  މެން  ހިތަކަށް  ނުގެނެވެއެވެ. 

ލަދެއް  ނެތިގެން  ނުކުމެ  އުޅޭ  އިރު  އޭގެ  ސަބަބުން  އިންޑިއާގައި  ދިރި  އުޅޭ  ދިވެހިންނަށް  އަތުވެދާނެ  ނުރައްކަލުގެ  ބޮޑުކަމެއް  ވެސް  ނުވިސްނައެވެ.  ދުނިޔޭގެ  ހުރިހާ  ތަނެއްގައި  ވެސް  ހަރުކަށި  ވަތަނީ  ހައްދު  ފަހަނަ  އެޅި  މީހުން  އުޅެއެވެ.  އިންޑިއާ  އިން  އޭގެ  ބަޔަކު  ލައްވަ  އެތަނުގައި  ދިރިއުޅޭ  ދިވެހިންނަށް  ހިތާމައެއް  ކުރިމަތި  ކުރުވަން  ލައްކަ  މަސައްކަތް  ސަމަދުބޭމެން  ކުރިއެވެ.

ދިވެހިރާއްޖެ  އައުޓްކޮށް  ދިވެހިންނަށް  އެވަރަށް  ކުޑަމީސް  ކުރާ  އިންޑިއާ  ޕީޕީއެމްގެ  ދާއިރާ  ރައީސަކު  ބޭހަށް  ރާއްޖެ  އައިނަމަތާއެވެ. 

ގައުމޭ  ކިޔާ  ނުކުމެ  އުޅޭ  އިރު  ހުރި  ހިތްވަރެެއް  އަޒުމެއް  ނެތެވެ.  ފިނި  ގަދަ  ކޮޓަރިއެކޭ  ބާރަޖާ  ގަނޑެކޭ  ކިޔާ  ޝަކުވާ  ބަނދެ  ރޮއެ  ހޭރުނީ  އެވެ. 

ގައުމީ  ދިދައެއް  ހިފައިގެން  އެއަރޕޯރޓަށް  ބަލާދާނެ  ޕާޓީގެ  ވެރިޔަކު  ނުވިއެވެ.  އެވަރުން  ވެސް  ބުނީ  ގެއްލުމުގެ  ބަދަލު  އިންޑިއާ  އިން  ދޭންޖެހޭ  ވާހަކައެވެ. 

ސަމަދޭބެ  ރަންކޮޅާއެވެ.  ތިޔަ  ޖެހުނު  ދަތުރުން  ގެެއްލުމުގެ  ބަދަލު  ހޯދަން  ބޭބެއަށް  ތިޔަ ލަގާ  ދިން  ޕީޕީއެމްގެ  ސެނެޓަށް  ދާށެވެ.  އެންމެ  ކައިރިން  ބާރަށު  ސުޖާއެވެ. ނައިފަރު  ސިޔާމާ  ތުރާކުނު  ސައީދާ  މޭޔަރު  މުއިއްޒާ  އަދުރޭ  އަތުން  ބަދަލު  ހޯދާށެވެ.  އެއީ  އެމީހުން  ކަލޭމެންނަށްދޭ  ލަގާއެވެ. 

ޔާމީން  އަތަކުން  އެއްޗެއް  ނުލިބޭނެ  އެވެ.  ހުރިހާ  ރުފިޔާ  އާ  ޑޮލަރު  އުކުޅަށް  ޖަހައިގެން  ދައުލަތަށް  އެނުދީ  އޭނާ  އެއޮތީ  11  މައްޗަށް  11  އަށް  ކޮލިފައި  ވެގެން  މާފުށީ  ޖަލުގައެވެ.  ސަމަދުބެމެން  ގޭނި  ހުސްވާ  އިރު  ހުރިހާ  މޮޅެއް  އެމީހުންނަށެވެ.

]]>
Tue, 14 Feb 2023 22:41:50 +0500 ހީރަސް
ޓޮމަށް: އިބޫ ހޮވޭނީ މީހެއްގެ މުއްޕަތަކުން ނޫން https://heerasnews.com/1033 https://heerasnews.com/1033 މާތްކަލާކޯ މިހިރަ ޓޮމާއެވެ. އުމުރު ހުސްވާއިރު ތިޔަ އުޅެނީ ޖެރީ އަތުނުވެގެންނެވެ. ބޯ ގާނަ ގާނައިގެން އަތުލަން ޖަހާ ކޮންމެ މަޅިއެއްގައި ބެދެނީ ޖެރީއެއް ނޫނެވެ. ޓޮމެވެ. ފޫޅުދިގު ހަންޑި ހެދިގެން ކަށްބޮލަށް ވެލިފުރުން ގިނަވެ ބީފާނުމެން ދުމަށިމަތީ އޮތް ތަގަރީގައި ކާށިކިރު ފެލާ ތެޔޮ ހޭނުން ނޫން ކަމެއް ނުކޮށް ބަޔަކު އިސްލާހު ޖާޑިއަށް ލީކަން ހަނދާނެއް ނެތް ދޯއެވެ.

ބޮލަށް ބެރި ވެއްޓި ކުޅެން އުޅުނު ކުޅިން ހަރުތާކު ނުޖެހި ބޯޅަދަޑުން ސިޔާސީ ދަނޑަށް ފުންމާލީމާ ވީ ވަކި ކޮން މޮޅެއް ހެއްޔެވެ. ހޯދަން އުޅުނު މޮޅު ނުލިބި މާފުށީ ޖަލު ގިބުލަޔަށް ހަދައިގެން ފުމެ އެރިޔަސް ކުރާނީ ކީއްހެއްޔެވެ. ޓްވިޓަރ އަތްގަނޑުން ދޭތެރެއަކުން ފެން ނުހިފުނަސް ވާހަކައެއް ބުނެލައިގެން މޭ ހެޔޮކޮށް ލެވޭތޯ ބަލާށެވެ. މީހުނަށް ޓޮމަކީވެސް އުޅޭ މީހެއްކަން އެނގޭނެ ތާއެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ޓޮމްމެން ކިޔާ ލަވަޔަކާ ބެރެއް ދިމައެއް ނުވެއެވެ. މިދާކަށް ދުވަހު އެމްޑީޕީ މީހަކަށް ވުރެ އެމްޑީޕީ ވެގެން ކަރުން ނާރު ނަގާފައި އުޅުނީމު ނޫން ހެއްޔެވެ. އުފަންކުރި މައިމީހާއަށް ވުރެ އަންނި ދެކެ ލޯބިވެގެން ހީވީ ލަވައެއްގެ ހަމަޔަށް ކޮރުލާ ލަނގެރި ފަޓަންނީން ތަކެއް ހެންނެވެ. ކަނިފުށި ކަލޭގެ ޖެހި ކޮކަޑިއަށް ވީވަރުވެސް ނުވެ ޓޮމް ބޮލަށްވެސް އެރީ ތެލެއް ނުން ހެއްޔެވެ.

އަނެއްކާ މިހާރު ތިޔަ ދައްކަނީ ހުރާސާނުގައި ޗޭނު ޖަހާފައި އޮތް ދައްޖާލު ދޫކޮށްލާ ވާހަކަ ކަހަލަ ވާހަކަ އެކެވެ. ގާސިމޭ ނަޝީދޭ ނުކިޔާ ބަޅުރުއް ދަށުން ޓިކެޓް ވެއްޓޭތޯ ގުދަށް އޮވެބަލާށެވެ. ފަހަރެއްގައި ލައްވާލަފާނެއެވެ.

ރައީސް ސާލިހު ވެރިކަމުގައި އެ ހުރިއްޔަކީ ވެސް ޓޮމާއި ޓޮމްގެ އައުވާނުންގެ ވޯޓަކުން ނޫނެވެ. މާމިގިލީ މީހަކަށް ގާސިމް ވިޔަކަސް މަހިބަދޫ ތޯރިގަކަށް ގާސިމް އިބުރާހީމްގެ ސިޔާސީ މިސްރާބު ހުރި ގޮތެއް ނޭނގޭނެއެވެ. ނުވެސް އަންގާނެއެވެ. ރާއްޖޭގެ ސިޔާސީ އުޑި އަނބުރަނީކީ ޓޮމްއާއި ޕީޕީއެމަކުންނޫނެވެ. ޓޮމްމެން މިހާރު ކުރާންވީ ކަމަކީ މާފުށީ ޖަލުވަށާ ވާތާވަންދެން އެނބުރުމެވެ. ރައީސް ސާލިހު ދެވަނަބުރަށް ދޭތޯ ނުދޭތީ ބަލަން އުޅޭނެ ކަމެއް ނެތެވެ. އިބޫ ދެވަނަ ބުރަށް ދިޔުމާއި ނުދިޔުން އޮތީ ޓޮމްގެ ބަނޑުވަލަކު ނޫނެވެ. އަދި އެހެން މީހެއްގެ ބަނޑުވަލަކުވެސް ނޫނެވެ.

]]>
Sun, 12 Feb 2023 20:11:04 +0500 ހީރަސް
ރައީސް ދެވަނަ ދައުރު ނަގާނީ ވައްޑެމެން ކިހިލިޖަހައިގެން https://heerasnews.com/1030 https://heerasnews.com/1030 ބޮކަށް ރަންފުއް މައްޗަށް އެރުނީމާ ލައްކަ ވައްވައް ޖަހާނެއެވެ. ނުމީހުން މީހުނަށް ވީމާ ގޮތްފޮތް ނެތޭނެއެވެ. މީހެއްގެ މޯހިރުން މެންބަރު ކަމެއްލިބިމުން ވޯޓު ދީގެންން ހޮވާދިން މީހުނަށްވުރެ ވިއްކަން އުޅުނު ފޮޓޯގަނޑަށް ސަޖިދަވެސް ކުރާނެއެވެ. ކަންކަން ތިމާއަށް މިންވަރު ކުރައްވަނީ ވަކި މީހެއްގެ ސަބަބުންނޭ ވެސް ހީވާނެއެވެ.

ރައީސް ސާލިހުގެ ހެޔޮވެރިކަމުގައި ވެތުވެ ދިޔަ ހަތަރު އަހަރު ކުރެވިފައި ހުރީ އެއްކަމެއް ދެކަމެއް ނޫނެވެ. އުނގޫފާރު އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ހަވާލުވީ ދުވަހު ޕޯޑިއަމުގައި އަނގަފުޅާކޮށްފައި ދެއްކި ވާހަކަ ވައްޑެ ހަނދާނެއް ނެތެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ކުރެވިފައި ހުރި ކަންކަމާއި ކުރެވެމުންދާ ކަންކަން ލޮލަށް މިރުސްފެން އެޅިފައި ނެތިއްޔާ ފެންނާނެއެވެ. ފައުޅުކަން ބޮޑުކޮށް ފެންނަން ހުންނަ ކަންކަން ދެކިފެނި އަތުން ހިފީމާ މޭކަރާ ހަސަދަވެރި ވިޔަސް ވީކަމެއް ނުވާ ކަމަކަށް ނުވާނެއެވެ. ގައުބިހެއް އެޅިގެން އުޅެނީއޭ ކިޔާ ވާހަކަ ދައްކަނީ ލަދެއް ހަޔާތެއް ނެތީމައެވެ. https://twitter.com/waddey_/status ވައްޑެމެންގެ ފެންވަރަކީ އެއީއެވެ.

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް ވެސް ވެގެން މި އުޅެނީ އެކަހަލަ ގޮތެކެވެ. ދާއިރާގެ ރައްޔިތުންގެ އިހުސާސަށްވުރެ ވައްޑެއަށް މުހިންމީ އަންނިއެވެ. ވާނީ އެހެންތާއެވެ. އެމްޑީޕީއާއި ދެކޮޅަށް ހަމަރޯޅިގައި ލިޔަން އުޅެނިކޮށް އަންނިއާއި ހަމައިން އެމްޑީޕީ ފެނިއްޖެއެވެ.

އެމްޑީޕީ އުފައްދަން އެތައް ބަޔަކު ކުރަމުން އައި މަސައްކަތްތައް ހަމަރޯޅީގައި ފުރައްސާރަ ކުރަން އުޅުނު މީހަކަށް ނޭނގޭނެއެވެ. ފެންނާނީ ތިމާ ދެކޮޅުގައި ފުށް ޖައްސައިގެން ގެނެސް ގޮނޑިއެއްގައި ވަޑުވައި ދިންކަމަށް ހީކުރާ މީހާއެވެ. އެކަމަކު ވަކި މީހަކަށް ވުރެ އެމްޑީޕީ މާބޮޑެވެ. މީހާގައި ހަސް ނެތުމުން މީހެއްގެ ތޮއްވަރީގައި ހުރެ ނަށާ މާގަނޑަކަށް ހެދުނަކަސް ޑަރުހީވާ މީހަކު މިހާރަކު ނޫޅެއެވެ.

ވުޖޫދުގައި ނެތްރަށެއް ހިއްކާ ކުޑަގިރި ޕިކްނިކް އައިލެންޑް މިއަދު މި ސަރުކާރުން ނުހުޅުވާ ކަމަކަށް ނުވާނެއެވެ. ރައީސް ސާލިހު ސަރުކާރުން ކުޑަގިރި ހިއްކާ ކުޑަ ބަޑޮސް ނެތްތަން މާލޭގެ ރައްޔިތުންނަށް ފޫބައްދާ ދިނީ ވައްޑެމެން އެގޮތަށް ފުރައްސާރަކޮށް ޕާޓީއަށް ހަރާން ކޯރުވަމުން ދަނިކޮށެވެ. ގައު ނަމަވެސް ބިހެއް އެޅޭނީ އެޅޭނެ ބިހެއް އޮތް ކުކުޅަކަށެވެ.

ގިނަ ކެޔޮޅުން ތަކެއް އުފެއްދި ހިންނަވަރުގެ ދިވެހި މާކެޔޮޅަށް ވައްޑެ ބުނިހެން ދިވެހިރައްޔިތުން އިތުބާރު ކުރެއެވެ. ހިންނަވަރު މާކެޔޮޅު ކަތި މިސްރާބަކަށް ގައުމު ނުގެންދާނެ ކަމަށް ވައްޑެ ބުނިހެން ރައްޔިތުން ޔަގީން ކުރެއެވެ. ވައްޑެމެން ތިޔަހެން އަތަށް އޮޅުވާލައިގެން ކަންވާރުބޮޅު ނުފިލުވެގެން އުޅެނިކޮށް ހިންނަވަރު މާކެޔޮޅު ދެ ފަހަރަށް ރަސްއައިނަށް އަރާ ހައްސަބައިގެން ލަފާތަން ދެކެން ތިބޭށެވެ. ރައީސް ސާލިހު ދެވަނަ ދައުރު ނަގާނީ ވައްޑެމެން ކިހިލި ޖަހައިގެންނެވެ.

]]>
Sat, 11 Feb 2023 20:54:08 +0500 ހީރަސް
މާލޭމޭޔަރުގެ 25 ކޮންސަލްޓެންޓުންނަށް: ވަގަށްކުރާ ހޭދަ https://heerasnews.com/1017 https://heerasnews.com/1017 މާލޭ މޭޔަރ މުއިއްޒަށް 25 ކޮންސަލްޓެންޓުން ނެތި މޭޔަރުކަން ކުރެވޭ ކަމަކަށް ނުވެއެވެ. ތަންތަނުން އަތްފުނާއަޅައިގެން ސިޔާސީ 25 މީހަކަށް ކޮންސަލްޓަންޓުންގެ ގޮތުގައި ދައުލަތުގެ ފައިސާ މުއިއްޒު އެބަ ހަރަދު ކުރެއެވެ. އެއިން ކޮންމެ މީހަކަށް ތިރީހަކަށް ހާސްރުފިޔާއަށް ވުރެ ގިނަފައިސާ މަހަކު ހޭދަ އެބަކުރެއެވެ. 

ސިޓީކައުންސިލްގެ ރަސްމީ ދަފްތަރުގައި ނުހިމަނާ ކޮންޓްރެކްޓް އުސޫލުން ފަންސަވީހަކަށް މީހުނަށް މުއިއްޒު ހަރަދު ކުރަނީ ކީއްވެކަން ޕީޕީއެމްގެ ސެނެޓަރަކު އިތުބަރާއެކު ހީރަސްއަށް މައުލޫމާތުދިނެވެ. ސެނެޓަރ ވިދާޅުވާ ގޮތުގައި މުއިއްޒު މިކުރައްވާ މަސައްކަތަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް މުއިއްޒަށް ފޮރޮޅާލުމަށް ކުރެވޭ ހީލަތްތެރި މަސައްކަތެކެވެ. މުއިއްޒު ގެންގުޅުއްވާ ކޮންސަލްޓަންޓުންގެ ތެރޭގައި ޕީޕީއެމްގެ ބައެއްސެނެޓަރުންނާއި ދާއިރާ ރައީސުން ފަދަ ބޭފުޅުން ހިމެނެއެވެ. 

ދައުލަތަށް އޮޅުވަލައިގެން ކޮންޓްރެކްޓް އުސޫލުން ސިޓީކައުންސިލަށް ފަންސަވީހަކަށް ކޮންސަލްޓެންޓުން ބޭނުން ވަނީ ކީއްވެކަން އެލްޖީއޭއާއި ރައްޔިތުންގެ މަޖިލީހާއި އޮޑިޓަރ ޖެނެރަލަށް އެގެން ޖެހެއެވެ. އޮޑިޓަރ ޖެނެރަލް މަލޭސިޓީ ކައުންސިލްގެ ފުރިހަމަ މާލީ އޮޑިޓަކާއި ޕާފޯމިން އޮޑިޓެއް ހަދަން އެބަޖެހެއެވެ. 

ރާއްޖޭގެ ރައީސްކަމުގެ ހުވަފެން ދެކި ޕީޕީއެމްގެ ރޫހާވެސް ހިލާފަށް ރައީސް ޔާމީނަށް ސެނެޓުން އަރުވާފައިވާ ރިޔާސީ ޓިކެޓެއް ޖަހައިގަންނަން މުއިއްޒު ކުރާ މަސައްކަތް ހުރީ މެކުހުގައެވެ. ކައުންސިލްތަކާ ގުޅުން އުފެއްދުމުގެ ނަމުގައި ރަށްރަށުގެ ކައުންސިލަރުންނާ ބައްދަލުކޮށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދީފާ އޮތް އޮތުން ބާތިލުކޮށް ރިޔާސީޓިކެޓް މުއިއްޒަށް އަނބުރާލާފައި ނޫނީ މުއިއްޒު ނޭވާލާނެ ކަމަކަށް ނުވެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކޮންމެ މީހަކަށް ލިބުނަސް ފަރުވާލެއް ނެތެވެ. އެހެން ނަމަވެސް ކޮންޓްރެކްޓް އުސޫލުން ކޮންމެ މަހަކު 25 މީހުނަށް ދައުލަތުގެ ފައިސާ ހަރަދުކުރާ ކުރުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އާއްމު ހިދުމަތުން ބޮޑު އަގުނަގާ ނިޒާމުން ބޭރުން ވަކިބަޔަކަށް ދައުލަތުގެ ފައިސާ ހެދަކުރުމަކީ ބޮޑު މައްސަލައެކެވެ. ދައުލަތުގެ މަލީ ސިޔާތާއި ހިލާފަށް ހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓް ތަކުން ވަކިބައެއްގެ ޖުރުމަނާ މާފުކޮށްދީ ހެދުމަކީ ގާނޫނީ ކުށެކެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީއެއް މާފުކޮށްދިނުމާއި ކަނޑާލުމަކީ ވަކި ހަމަތަކެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮންނަ ބާރެކެވެ. ދައުލަތުގެ މާލީ މަސްލަހަތެއް އޮތްކަމެއް އަމްދުން ރައްޔިތުންނާ ސީދާގުޅިފައި ހުންނަ މާލީ ކަންކަން ދައުލަތުގެ ސިޔާސަތާ އެއްގޮތަށް ނޫނީ ކުރުމުގެ ހައްގެއް މޭޔަރަކަށްވެސް ނުއޮންނާނެއެވެ.  

]]>
Wed, 08 Feb 2023 15:52:30 +0500 ހީރަސް
ޕީޕީއެމުން ވާދަކުރާނީ ޔާމީނެއް ނޫން ޑރ. ވަހީދު https://heerasnews.com/1004 https://heerasnews.com/1004 ޕީޕީއެމްގެ ރިޔާސީ އުންމީދުވާރަކީ ޔާމީނު ކަމަށް އެންމެން އެބަ ކިޔައެވެ. ރަސްމީ ސިފައިގައި އެކަން އޮތީވެސް އެހެނެވެ. އެނޫން ގޮތަކަށް އެވާހަކަ ދެއްކޭކަށްވެސް ނެތެވެ. ޔާމީނަށް ކިރިޔާވެސް ލުޔެއް ލިބެން އޮތީ ރިޔާސީ ޓިކެޓް ޔާމީނަށް އޮވެގެންނެވެ. އިދިކޮޅު ވާދަ ވެރިޔާ ޖަލުގައި އޮތްކަމުގެ ޑްރާމާ ކުޅެގެން ސިޔާސީ ޕްރެޝަރެއް އުފެއްދޭނީ ޔާމީނު އަތުގައި ރިޔާސީ ޓީކެޓް އޮވެގެންނެވެ. 

ޕީޕީއެމަށް ޔާމީނު މުހިންމުވާ ވަރަށް ވުރެ ބޮޑަށް ޕީޕީއެމް ވެރިކަމުގައި އޮތުން އެމީހުނަށް މުހިންމެވެ. ދައުލަތް އަނެއްކާވެސް ދަވާލުމާއި ޔާމީނު މިނިވަން ކުރުމަށްޓަކާ ވެސް ޕީޕީއެމް ވެރިކަމުގައި އޮތުން މުހިންމެވެ. އިތުރު ފަސް އަހަރު ވަތަކުތޯ ނުޖެހިފައި މަގުމަތީ ތިބޭކަށް ޕީޕީއެމް ވެސް ބޭނުމެއް ނުވާނެއެވެ. 

ރާއްޖޭގެ އިންތިހާބާ ބެހޭ ގާނުތައް ހުރި ގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ލިބުމަށް ވުރެ ނުލިބުން ގާތެވެ. ރިޔާސީ އިންތިހާބުގައި ބުނާ އުންމީދުވާރަކަށް ވުމުގެ ޝަރުތު ގެއްލުމުގެ ކުރިން ޔާމީނުގެ ވަކީލުން އެދޭ ގޮތަށް ހައިކޯޓުން ޔާމީނު ދޫވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެހެން ކަމުން ޕީޕީއެމް ދެވަނަ ވިސްނުމެއް ނުހޯދައެއް ނުތިބޭނެއެވެ. ޔާމީނު ނޫން އެހެން ގޮތެއް ހޯދާނެ ކަންގައިމެވެ. 

އެގޮތަކީ ޔާމީނަށްވެސް ބަލައިގަނެވޭ ގިނަ މެންބަރުގެ ރުހުން ހޯދޭވަރު އިތުބާރު ހުރި މީހަކު ހޯދާ ނިންމުމެވެ. ޔާމީނު ނެތިއްޔާ ޕީޕީއެމްގެ ޓިކެޓަށް ފެންބޮވާފައި ތިބި ގިނަ ބަޔަކު ތިބިކަން ޔާމީނަށް އެނގެއެވެ. އެހާލަތު އަންނަން ދެން ޓިކެޓް ބޮނޑިކޮށްގެން ޔާމީނު އެ ހުންނަނީ ވަގުތު ޖެހެން ދެނެވެ. ވަގުތު ޖެހުމުގެ ކުރިން ޔާމީނު ނޫން އެހެން ގޮތެއް ހޯދަން ކުޑަ ފުރުސަތެއް ދިނަސް އެކަކު އަނެކަކަށް ނޮޅާ ހަފާ ކަށިކާނެ ކަން ޔާމީނަށް އެނގެއެވެ. އެކަމާ ހެދި ޕާޓީ ބައިބައިވެ ވެރިކަން ނުލިބި ޖަލުން މިންޖު ނުވެ އޮންނާކަށް ޔާމީނެއް ނެދޭނެއެވެ. 

ޕިޕީއެމުން ރިޔާސީ ޕްރައިމަރީއެއް ބާއްވައިފި ނަމަ އެކަކު އަނެކަކަށް ބުއިކަލަޔާ ކޭކަލަ ގޮވާ ނޯށުން ރޮއްވީހެވެ. މުއިއްޒާއި ޖަމީލާއި ސައީދާއި ވަހީދު ފަދަ ކިތަންމެ ބަޔަކު ޓިކެޓައިގެން ބުމަރެއްހެން އެނބުރި ގަންނާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ. ރަސްމީކޮށް ތިލަވެ ހާމަކޮށްފައި ނެތަސް ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓު ވަނީ ކަނޑައެޅިފައެވެ. 

ސައޫދީ ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހުށަހެޅުން ޔާމީނު ވަނީ ލޮލުން ބޮލުން ގަބޫލުކޮށްފައެވެ. 2018ގައި އެމްޑީޕީއަށް ދިމާވި ހާލަތު މި ފަހަރު ޕީޕީއެމަށް ދިމާނުވެ ނުދާނެ ކަމަށް ޔާމީނު ގަބޫލު ކުރެއެވެ. އެހެން ކަމުން ޔާމީނު ނެތް ހާލަތު ޕީޕީއެމަށް ދިމާވެދާނެ ކަމަކުން އަރައިގަތުމަށް ޕްލޭން ބީ ޔާމީނު އަތުގައި އެބައޮތެވެ. 

ޕީޕީއެމަށް ޔާމީނު ނޫންގޮތަކީ ޕްރިންސް މުހައްމަދުގެ ޕެކޭޖެވެ. އެ ޕޭކޭޖުގައި ރިޔާސީ ކެންޑިޑެޓަކީ ޑރ. ވަހީދެވެ. ރަނިން މޭޓަކީ ޑރ. ޝަހީމެވެ. ޕްރިންސް މުހައްމަދުގެ ޕެކޭޖް ޔާމީނަށް ގަބޫލުކުރެވޭ ސަބަބުތައްވެސް ސާފެވެ. 

  • ކެންޕޭނަށް ބޭނުންވާ ފައިސާއާއި ސައުދީ ޕްރިންސް ޖާމިނުވުން 
  • ބައިނަލް އަގުވާމީ ގުޅުންތައް ވަރުގަދަވުމާއި އެކު ޔޫރަޕާ އަރަބި ދުނިޔެއާއ ގާތްވެވޭ ވަރުގެ ދެމީހުނަށް ވުން
  • އަންނިގެ ވެރިކަން ވައްޓާލާ ޔާމީން އިސްވެ އޮތް ކޯލިޝަން ވެރިކަމެއް ޔާމީނު އެދުނުހާ ގޮތަކަށް ޑރ. ވަހީދު ހިންގާ އިތުބާރު ހޯދާފައިވުން
  • އެމްޑީޕީގައި އޮތް ސަންދާނު ވިންގް އެއްކޮށް ޕީޕީއެމަށް ގެނައުން
  • ޑރ. ޝަހީމުގެ ދީނީ ކާޑުން ދީނީ އިލްމުވެރިންގެ ގިނަ ބަޔަކު ހިފެހެއްޓުން. 

ޔާމީނު ނޫން ގޮތެއް ހޯދުމަށް ވަހީދާ ޝަހީމްގެ ޖޯޑަށްވުރެ ކާމިޔާބު ޖޯޑެއް ޔާމީނަކަށް ނުފެނެއެވެ. އެކަމަކު މިއްޔަކީ ޕީޕީއެމުން އެވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ. އެވާހަކަ ދައްކަނީ ހައިކޯޓުގެ އިސްތުއުނާފް ދާގޮތަކުންނެވެ. 

]]>
Sun, 05 Feb 2023 18:41:25 +0500 ހީރަސް
ހޯޕުން ބުންވަރު ހޯދާ ދުއްޕާން ކުރަން ނިކުތީ ފުއްގިރީ ބޮޑުވަގަށް! https://heerasnews.com/993 https://heerasnews.com/993 ހޯޕުން ބުންވަރު ހޯދައިގެން ދުއްޕާން ކުރަން ހިތައްވެސް ނާރުވާށެވެ. ރާއްޖޭގެ މިނިވަންކަމަކީ ބޮޑު ބިލާދަރު ވަގެއްކަމަށް ހަދަން ނޫޅޭށެވެ. ޓިނުގަނޑާ ހުނިގޮނޑިން ފެށިވައްކަން ފްލެޓްތަކާ މަލްޓި މިލިޔަން ޑޮލަރަށް ވީމާ ހުކުންވެސް ހަރާންވާނެއެވެ. 

ހޯޕުން ތިޔަހޯދާ ބުންވަރަކީ ދެސަފު ދޭތެރޭގައި ހަމުށް ބަހައްޓައިގެން ގަޑިއެއް ހާއިރު ވެސް ހިނގާލެވޭ ހާ ހަކަތަނެތް ބުންވަރެކެވެ. ބައިބޯކަން ދައްކަން ސަފުތައް ދުރުކޮށްގެން މަގު ހިނގަން ނިކުތަސް ތިޔަ އެއްޗެއްގެ ސައިޒު އެބަ ފެނޭ ނޫން ހެއްޔެވެ. ގައިން ގަޔަށް އަރާ ރޯގާއަކުން ސަލާމަތްވާން ކަރަންޓީނުގައި އުޅޭ ބަޔެކޭ ތަފާތެއް ނެތެވެ.

މި ދޭތެރެއަކުން ޖަލުގެ ތޭރިތައް ފަޅާލައިގެން ވެސް މީހަކު ޖަލުން ނެރެފިއެވެ. ބާރަށު ކުޅިން މަދިރި ހައްޕައިގެން ފާރުވެފާ ތިބެ ގައިކެހުން ނޫން ކަމެއް ކުރަން ނޭނގޭ މީސްމީހުން ނިކުމެ ޖަލުފަޅާ ވާހަކަ ދެއްކީމާ އައީ ހިންޏެވެ. ލަދެއް ހަޔާތެއްނެތި ރާއްޖޭގެ ޝަރުއީ ނިޒާމަށް ހަމަލާ ދިނުމުގެ ހުތުރު މާޒީއެއް އޮތް ބަޔަކު ހައިކޯޓޭ ސްޕްރީމްކޯޓޭ އެބަކިޔައެވެ. 

ހޯޕުން ބުންވަރު ހޯދައިގެން ރާއްޖޭގެ ފަނޑިޔާރުންނަށް ދުއްޕާ ކުރުމަކީ ޕީޕީއެމްއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ހައިކޯޓުގައި ޔާމީނުގެ އަޅުކުދިން ކޮޅެއް ތިބި ކަމަށް ދެކިގެން އުޅެން ހިތައްވެސް ނާރުވާށެވެ. ހިތުން ޝަހީދު ވުމަކުން ކުރާ ފައިސަލާ ބަދަލެއް ނުކުރެވޭނެއެވެ. ޓިނު ނަގާ ބަނޑު ބިންމަތީ ޖައްސާ ފަނޑިޔާރުން ގޮޅިއަށް ލައިގެން އަޅުންގެ އަޅުން ހައްދައިގެން މަތިމައްޗަށް ހުކުން ބަދަލު ކުރެވުނު ޒަމާން ނިމި މުލުވަގު އޮތީ ޖަލުގައެވެ. ހޯޕަކުން ބުންވަރު ހޯދާ ދުއްޕާން ކުރަން ނިކުމެ ތިޔަ ތިބީ ފުއްގިރީ ބޮޑުވަގަށެވެ.

]]>
Sat, 04 Feb 2023 08:49:10 +0500 ހީރަސް
ސިއްޕެއަށް: ހަރާން ކޯރުވުމުގައި ތިވަރެއް ނެތް! https://heerasnews.com/982 https://heerasnews.com/982 ބޮނޑިއެއް ބޯން ހޭނާރާ މަރުފަލި ޖަހަނީ ކޮންބައެއްކަން ވަރަށް ސާފެވެ. ވަޒީރުންނަކީ ސަރުކާރެއްގެ ސިޔާސަތު ތަންފީޒު ކުރަން އިސްކޮށްފައި ތިބޭ ބަޔެކެވެ. އަމްދުން ވަޒީރުންގެ މަޖިލިސްގައި ނުހިމެނޭ ވަޒީރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދަރީވާން ޖެހޭ ބަޔެކެވެ. އެ ވަޒީރަކީ ހުރިހާ ހާލަތެއްގައި ވެސް ރައީސްގެ ސިޔާސަތުތައް ދިފާއުކޮށް ކުރިއަރުވަން ޖެހޭ މީހެކެވެ. އިގްރާރެއްގައި ސޮއިކޮށްގެން މަގާމު ހޯދާ މުސާރަ ނަގައިގެން  ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނަނީ ރައީސަށް ހަރާން ކޯރުވާކަށް ނޫނެވެ.

ޕާޓީއެއްގެ ސްލޮޓްގައި ސަރުކާރުން މަގާމު ލިބުމަކީ ސަރުކާރުގެ ސިޔާސަތުތައް އޮޅާލާ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެހެން މީހަކު އިސް ކުރެވޭނެ ކަމެއް ނޫނެވެ. ތިމާއަށް ލިބެވޭ ބާރުގެ ތެރެއިން ރައީސްގެ ސިޔާސަތުތައް ތަންފީޒު ވިޔަ ނުދިނުމަށްޓަކައި އެހެން މީހެއްގެ އެޖެންޑާ ހިންގުމަށް މީހުން ލައްވައިގެން ސަރުކާރު ތެރޭގައި ކަތުރު ފަނި އެޅުވުމަކީ ވަޒާރެއްގެ މަސްއޫލިއްޔަތެއް ނޫނެވެ. 

އެހެން ނަމަވެސް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރ ކަމުގައި ހުރެ ކުރި ހުރިހާ ކަމެއް ކުރީ ސަރުކާރު ވާގިނައްތާ ލުމަށެވެ. އިތުބާރު ކުރެވޭ އަދި ކަންވާ މަގާމެއްގައި ހުރެ ވަކި ވިސްނުމެއްގެ ބަޔަކު ސިޔާސީ މަގާމުތަކަށް އިސްކުރުވައިގެން ކަންކަން ލަސްކޮށް ފަސްކޮށް ރައީސް ކުރީ ބަދުނާމެވެ. އެމްޑީޕީގެ ނައިބު ރައީސަށް ވީތީ އެ ކަމުގެ ނާޖައިޒު ފައިދާ ނަގައިގެން މުޅި ސަރުކާރު ފޮރިބޮއެފައި އޮތް މަސްގަނޑަކަށް ހަދާލަން ހުރިހާ ދިމާލަކަށް ވެސް ކަތުރުފަނިތައް ވައްދާ މުޅި ނިޒާމް ގަޑުބަޑު ކުރަން ދިމާކުރިއެވެ. މި ސަރުކަރަށް ނިސްބަތް ކުރާ ކޮރަޕްޝަންގެ ގިނަ އަމަލުތައް ވެސް ހިންގުވުމުގެ މުގުލުގައި ހުރީ ސިއްޕެއެވެ. ވެންޓިލޭޓަރެއް އެހެން ކަމެއް ކިޔާނެކަމެއް ނެތެވެ. ސިއްޕެ އިސްވެހުރެ ހިންގަފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ހެޔޮވާނީ ނުދެއްކުމެވެ. 

ރައީސްއަށް ވަފާތެރިވެ އިހުލާސްތެރި ކަމާއެކު މަގާމުގެ ޒިންމާ އުފުލަން އިގްރާރުވެގެން މަގާމުގައި ހުރެ އިގްރާރާއި ހިލާފްވުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ސިޔާސަތުތައް ކަމުނުދަންޏާ އިސްލާހު ކުރަން މަސައްކަތް ކުރާނީ މަސްވަރާ ކޮށްގެނެވެ. ތިމާ ބޭނުންހާ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރާކަށް ލާޒިމެއް ނުވާނެއެވެ. ސިޔާސަތު ކުރިއަށް ގެންދަނެގޮތް އެނގެނީ ރައީސް ކަމުގައި ހުންނަ މީހައަށެވެ. ސިޔާސީ ގޮތުން އައްޔަނުކުރި މަގާމުގައި ހުރިހާ ދުވަހަކު ނުރުހުނަސް ތަންފީޒު ކުރަން ޖެހޭނީ ރައީސްގެ ސިޔާސަތެވެ. ތެދުވެރި ކަމާއެކުގައެވެ. ބޭނުންވާ ބަދަލުތައް ގެނައުމަށް މަސްވަރާކޮށްގެން އެދޭގޮތަށް އިސްލާހު ނުވެއްޖެނަމަ އިހުތިޖާޖު ކުރަން ޖެހޭނީ މަގާމުން ވަކިވެގެންނެވެ. 

ރައީސް އައްޔަނު ކޮށްފައި އޮތް މަގާމެއްގައި ހުރެ ރައީސް ކަމުނުގޮސްގެން އިދިކޮޅަށް ވުރެ އިދިކޮޅުވެގެން އުޅޭބަޔަކު ދައުލަތަށް ކޮންމެ ފަދަ ގެއްލުމެއްވެސް ދީފާނެއެވެ. އެފަދަ ނުރައްކާތެރި ކުނި ބުނި ސާފުކޮށް ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ބާރު ސްޕީޑްގައި ތަންފީޒް ކޮށްދޭން ޖެހެއެވެ. ރައްޔިތުންނަށް ލުއިފަސޭވެ ތަނަވަސްކަން އިތުރުކޮށް ދެވުމުން ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދާ ރުހުން ހޯދަން ވަކި މީހަކު ރުއްސަން އުޅޭކަށް ނުޖެހޭނެއެވެ. 

]]>
Wed, 01 Feb 2023 12:18:33 +0500 ހީރަސް
ގިނަބަޔަކަށް ވަޒީފާ ލިބެން ނައިފަރު ޝިޔާމް ދެކޮޅު! https://heerasnews.com/978 https://heerasnews.com/978 ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވަޒީފާ ލިބި އެމީހުން ބާރުވެރިވާތީ ނައިފަރު ދާއިރާގެ މެންބަރ ޝިޔާމު ހާދަ ރުޅިއެއް އެބަ އާދެއެވެ. ރަށްރަށު މީހުންނަކީ ނައިފަރު ޝިޔާމުމެންގެ ތުނބުން ވެއްޓޭ ބަތްފުށް ކާން ތިބޭ ބަޔަކަށް ނުވާ ގޮތްވާތީ މޭކަރާނެއެވެ. ގިނަ ރައްޔިތުންނަށް ވަޒީފާތައް ލިބި ކޮންމެ މީހަކީ ފުދުންތެރި އަކަށް ވާތަން ދެކެން ނައިފަރު ޝިޔާމުމެން ނޭދޭނެއެވެ.

އެކަމަކު ބުނަން ހެއްޔެވެ. އެންޓިކޮރަޕްޝަން ކަމިޝަނަކީ ނައިފަރު ޝިޔާމުގެ ބޮލިރަވައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ނައިފަރު ޝިޔާމުގެ އައްޑާއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހު ރިސެސް ނިމި އަލުން މަޖިލިސް ހުޅުވޭތީ ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީން ބިރުން ތުރުތުރު އަޅާނީ އެހެން ނަމަތާއެވެ.  

ރައީސް ސާލިހު ވެރިކަމަށް އައީވެސް ރައްޔިތުން ފުދުންތެރި ކުރުވުމަށެވެ. ތަފާތު ނައްތާލުމަށެވެ. ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ހޯދާދޭށެވެ. ވަޒީފާނެތި އާމްދަނީ ލިބޭނެގޮތް ނެތިފައި ތިބި އެތައް އާއިލާއެއް ރައީސް ސޯލިހުގެ ހެޔޮވެރިކަމުގައި ހެއްވާލައިފިއެވެ. އެތައްހާސް ރައްޔިތުންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރެވޭނެ ފުރުސަތު ހޯދައިދީފިއެވެ.

ކޮންމެ ރަށެއްގައި ކަރަންޓާއި ފެނާއި ނަރުދަމާ ޒަމާނީ ފެންވަރަށް ގާއިމުކޮށް އެހިދުމަތްތައް ދިނުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތް ނުހޯދާ ހިދުމަތްދޭނެ އެހެން މޮޅު ގޮތެއް ނައިފަރު ޝިޔާމަށް އެނގެންޏާ އެކަން ކުރަން ވެރިކަމަށް އާދެވެންދެން މަޑު ކޮށްލާށެވެ. ރައްޔިތަކަށް ހޯދާދިން ވަޒީފައެއް ނެތޭ ކިޔާ އަނގަ ދިޔާކުރެވެން މިހާރު ނެތީމާ އިންތިހާބަށް ސަރުކާރުން ވަޒީފާ ބަހާކަމަށް ވެއްޖެއެވެ.

ބޮޑުގެރި ބޭރަށް ހިންގާހެން ކެނޑޭ ގޮތަށް ރަށްރަށުގައި ކަރަންޓް ދިން އިރު މީހަކު ދެމީހަކު ލައިގެން އިންޖީނުގެ ހިންގި ޒަމާން ހިނގައްޖެއެވެ. ފެނުގެ ހިދުމަތް ގާއިމު ކުރެވޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ދަމަހައްޓާ ބަލަހައްޓާ ނަގަހައްޓަން މުއައްޒަފުން ހޯދާނެއެވެ. ނަރުދަމާގެ ހިދުމަތާ ގުޅޭކަންކަމަށް ވެސް މުއައްޒަފުން ބޭނުންވާނެއެވެ. ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތުގެ ވިއުގަ ފުޅާވާ ވަރަކަށް އެ ހިދުމަތް ދެމެހެއްޓުމަށް އެކަށީގެންވާ އަދަދަށް މީހުން ބޭނުންވާނެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށެއްގެ ނިސްބަތުން ހިދުމަތް ގާއިމުކޮށް ދަހައްޓަން މުއައްޒަފުން ހޯދާނެއެވެ.

އާނއެކެވެ. ރާއްޖޭގެ ކަންކޮޅުތަކުން އެތައް ސަތޭކަ ބަޔަކަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދީފިއެވެ. އަދިވެސް ދޭނެއެވެ. ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށް ދިނުމަށް ވަޒީފާ ދޭންޖެހޭ ބަޔަކަށް ވަޒީފާ ނުދިއެއް ނުއޮންނާނެއެވެ. އެކަމުން އެތައް ކަމެއް ހާސިލުވެއެވެ.

ރައްޔިތުންގެ ތެރެއިން ގިނަ އައިލާތަކަކަށް އާމްދަނީ ކަށަވަރުވެ ފޯރުންތެރި ކަން އިތުރުވެއެވެ. ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބެއެވެ. އަނެއްކޮޅުން ރައްޔިތުންނަށް ތަފާތެއް ނެތި އަސާސީ ހިދުމަތް ލިބި ކޮންމެ ރަށަކީ އިގްތިސާދީ ގޮތުން ކޮންމެވެސް މަސައްކަތްތަކެއް ހިންގޭ ފުދުންތެރި ރަށަކަށް ވެގެން ދެއެވެ. ފެނަކައާއި ސްޓެލްކޯއާއި އެމްޓީސީސީއާއި އެސްޓީއޯ ފަދަ ކުންފުނިތަކުން އެ ކުރަނީ އެ މަސައްކަތެވެ. ހެޔޮވެރިކަމެއްގެ ހެޔޮކަން މުޅި ރައްޔިތައް ފޯރުކޮށްދެނީއެވެ.      

ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭ ވެރިއަކަށް ގިނަ ބަޔަކު ތާއީދު ކުރާނެއެވެ. ގޮތް ހުސްވެ ވަޒީފާ ނެތި އަސާސީ ހިދުމަތުން މަހުރޫމު ވެފައި ތިބި ބަޔަކަށް އެ ހާލަތުން އަރައިގަނެވޭނެ ގޮތްވުމަކީ ތާއީދާ ލޯބި ލިބޭނެ ކަމެކެވެ. ހެޔޮވެރިކަމެއް ކޮށްދޭ ހެޔޮވެރިއަކު ވެރިކަމުގައި ބަހައްޓަން ތާއީދުކޮށް ރައްޔިތުން ވޯޓު ދެނީ އެހެން ވެގެނެވެ. ވޯޓަށްޓަކައި ވަޒީފާ ދެނީއެއް ނޫނެވެ. ރަށުގައި ތިބެ ފުދިންތެރިކަން އައިލާ ތަކަށް ލިބުމުގައި ވަޒީފާ މުހިންމެވެ. އެފުރުސަތު ރައްޔިތުންނަށް ހޯދައިދޭ ވެރިއަކަށް ހިތު ލޯބިން ވޯޓުދީ އެވެރިކަން ދަމަހައްޓަން އިހުލާސްތެރި ކޮންމެ މީހަކު މަސައްކަތް ކުރާނެއެވެ. މީސް މީހުނަށް ވޯޓުދީގެން މީސްމީހުން ވެރިކަމަށް ރައްޔިތުން ގެންނަނީ އެމީހުނަށް ހެވާ ލާބަ ހޯދުމަށެވެ.  

އިންތިހާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ބަހަނީއޭ ބުނެ ފިތުނަވެރި ވާހަކަ ދެއްކިދާނެއެވެ. ރައްޔިތުން ބަޔަކު ވެރިކަމަށް ގެންނަނީ އެމީހުނަށް ފަހި ރަނގަޅު ގޮތް ހޯދުމުގެ ބޭނުމުގައެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ކުރެވޭ ކޮންމެ ކަމެއް ކުރެވެނީ ރައްޔިތުންގެ ހެވާލާބައަށެވެ. ރައްޔިތުންގެ ހެވާލާބަޔަށް ރައިސް ސާލިހުގެ ހެޔޮވެރިކަމުގައި ކުރެވޭ ކަންކަން ހުއްޓުވާ ސަރުކާރު ޕެރަލައިޒްކޮށްލަން ލައްކަ މަސައްކަތް ވާދަވެރިން އެބަކުރެއެވެ. އެހެނެއް ކަމަކު ރައްޔިތުންގެ ހިދުމަތުން ރައީސް ސާލިހު އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެއްސޭނެއެވެ.

]]>
Tue, 31 Jan 2023 13:57:39 +0500 ހީރަސް
ވައްޑެމެން ހުއްޓާނީ އަންނި މަގުމަތިކޮށްފަ! https://heerasnews.com/976 https://heerasnews.com/976 ފައިނު ވައްޑެ ތިހެން ފޮނު އަރުވަ އަރުވަ ހުއްޓާ ގައުމީ މަޖިލިސް ގޮނޑިތަކަށް ހޮވުނީވެސް ނަޝީދާ ހިޔާލު ތަފާތު މީހުންނެވެ. އެމްޑީޕީގެ މުޅިގައުމީ މަޖިލީހުގެ 10 ވަރަކަށް އިންސައްތަ މީހުންގެ ތާއީދު ވައްޑެމެންނަކަށް ނެތެވެ. އެމްޑީޕީގެ ޗެއަރޕާސަން ހޮވަން އުޅުނު އިރުވެސް ނަޝީދުގެ ކަލްޓުން ވައްޑެމެން ފިސާރި ވައްވައް ޖެއްސެވެ. ހިތާ ހިތް ގުޅުފައި އޮވެގެންނެވެ. ހުތުރު ބައްޔަކުން އިމްތިޔާޒު ފަހުމީ ބަލިވީވެސް ތިޔަ ފާޑަށް ކޯތަޅުވަ ތަޅުވަ ތިއްބައެވެ. 

ބުނެވި ދިޔަ ދެ އިންތިހާބުގައި ވެސް ނަޝީދު ކޮޅު މޮޅެއް ނުވިއެވެ. އާއްމު މެންބަރުންގެ ވޯޓުން ދެ ފަހަރުމެވީ ބޮޑުތަނުން ބައްޔެވެ. އޭރަކު ތިޔަ ބުނާ އޮނަސަޅީސް ހާސް މީހުނެއްވެސް ދަފުތަރަކުން ނުކަނޑައެވެ. ނަޝީދު ބުނިހާ ގޮތަކަށް ވޯޓުދޭނެ ކަމަށް ވައްޑެމެން ބުނާ 39000 މީހުން ނުކެނޑި އެމްޑީޕީގައި ތިބި އިރު އިމްތިޔާޒު ފަހުމީ ހުތުރު ބައްޔަކުން ބަލިވީ ކީއްވެ ހެއްޔެވެ. ނަޝީދާއި އީވާއާއި ހަސަންކޮއައި ވައްޑެޔާއި އެންމެން ވެގެން އިންތި ހޮވަން އޭރު ނުކުރަނީ ކިއްހެއްޔެވެ. އެކަމަކު އިންތި ވެސް ދިޔައީ ޗޮކުންނެވެ. 

ގައުމީ މަޖިލިސް ރައީސް ނަޝީދަށް ގެއްލުނީ ހަމަ މެންބަރުންގެ ތާއީދު ނެތިގެންނެވެ. އިމްތިޔާޒު ފަހުމީއަށް ނަޝީދުގެ ބައިގަނޑު ކިތަންމެ ވަރަކަށް ތާއީދުކޮށް ކަރުފެޅޭ ވަރަށް ހިމާރު ހެދުނަކަސް އިންތިއަށް ޖެހުނީ ދޮޅިކެނޑިގެން ފައިތަޅާގެ އަޑިއަށް ދާށެވެ. ޗެއަޕާސަން ކަމުގެ ހިޔަނި ވެސް ނުފެނިއެވެ. އެންމެ ފަހުން އިންތިއަށް ލިބުނު ކެހީގެ ބަދަލު އަންނިގެ ކިބައިން އެ ހިފާލީ ހާދަ ހުތުރުކޮށެވެ. 

ރައީސް ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ވިޔަ ނުދިނުމަށް އެމްޑީޕީ ފަޅާލާ ބައިބައި ކޮށްލަން ތިޔަ ޖަހަނީ މަރުފައްޔެވެ. އިންތިއާއި ވައްޑެމެނަށް ވެގެން ވަންޏާ ރައީސް ނަޝީދު އަނެއްކާވެސް ފައިވާން އަތަށް ނަގައިގެން ގިނިކަންޏާ މާލޭގެ މަގުތަކުގައި ނުދުއްވައެއް ނުހުއްޓާނެއެވެ. ޖެހިޖެހިގެން އެތައް އިންތިހާބަކުން ނަޝީދުގެ ފިކުރު ވަނީ ބާކީވެ އެކަހެރިކޮށްފައެވެ. ރައީސް ނަޝީދާއި ނަޝީދުގެ ފިކުރު އިތުރަށް ނުދިރޭ ވަރަށް ތާއީދު ވަނީ ގެއްލިފައެވެ. ހަމަތެދެކެވެ. ނަޝީދުގެ ފިކުރު ކޮމާގައި އޮވެ ނުދިރި މަރުވެއްޖެއެވެ.

]]>
Mon, 30 Jan 2023 14:57:33 +0500 ހީރަސް
ވޯޓުލާ ސަރަހައްދުތައް ނުރައްކަލަށް!!! https://heerasnews.com/967 https://heerasnews.com/967 ލިސްތްގައި ނަންނެތް މީހަކު ދެމީހަކު ވޯޓުލިއްޔޭ ކިޔައިގެން ޕްރައިމަރީ ގަޑުބަޑު ކުރަން މަސައްކަތް ކުރަމުން އެބަދެއެވެ. އީވާ އަބްދުﷲ އިސްވެ ހުންނަވައިގެން ރުޅިގަދަކުރުވާ ހަމަނުޖެހުން އުފައްދަމުން އެބަދެއެވެ. 

ވޯޓުލާ މަރުކަޒުތައް ގަޑުބަޑުކުރަން މީހުން އެއްކުރުމަށް ރައީސް ނަޝީދުގެ ޓުވިޓަރ އެކައުންޓެއްކަމަށް ބެލެވޭ ހަސަންކުރުސީން ގޮވާލަމުން އެބަދެއެވެ.

ވޯޓުން ބޮޑެތި ވައްކަން ކޮށްގެން އެމްޑީޕީ ބްލެކްމޭލް ކުރައްވައިގެން އުޅުއްވި ރައީސް ނަޝީދާއި އޭނާގެ ބައިވެރިންގެ އަތުން ބާރުތައް ލުހި އެންމެ ފަހުން ޕްރައިމަރީންވެސް ފޭލިވާނެކަން ޔަގީންވުމުން ހަމަ ނުޖެހުން އުފައްދަން ދިމާކޮށްފިއެވެ. 

އެމްޑީޕީގެ ސެކެރެޓްރިއޭޓުން ސަލަމަތީކަންކަން ވަރުގަދަ ނުކޮށް އޮވެއްޖެނަމަ ހީނުކުރާވަރު ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމަށް މިނޫހަށް ކަށަވަރުވެފައި ވެއެވެ. 

]]>
Sat, 28 Jan 2023 15:31:15 +0500 ހީރަސް
ޑިމޮކްރަސީއަކީ އެހިނދަކަށް ނަޝީދު ގަބޫލުކުރާ ގޮތް! https://heerasnews.com/947 https://heerasnews.com/947 މުގާބޭ ވެރިކަމަށް އައީވެސް ޑިމޮކްރޭޓިކް ލީޑަރެއްގެ ގޮތުގައެވެ. މައުމޫނުގެ ދިމިގްރާތީގައި މުޅި ގައުމަކީ މައުމޫނެވެ. ނަޝީދުގެ ޑިމޮކްރަސީގައި އެމްޑީޕީއަކީ ނަޝީދެވެ. މައުމޫނާއި ނަޝީދުގެ ޑިމޮކްރަސީއަކީ މަވެތިކަމެވެ. އެހެނެއް ކަމަކު ދުނިޔޭގައި ޑިމޮކްރަސީއަކީ ވަކި މީހަކު ބޭނުންހާ ގޮތަކަށް މޮޑޭ ފުއްގަނޑެއް ނޫނެވެ. ވަކި މީހަކަށް ހެޔޮވަރަށް ފަހާ ކޯޓެއް ނޫނެވެ.

އެމްޑީޕީ ވުޖޫދުވެގެން އައީ ރާއްޖޭން މައުމޫނިޒަމް ފުހެލާ ދުނިޔެ ގަބޫލުކުރާ ފުރިހަމަ ޑިމޮކްރަސީއެއް ގާއިމު ކުރާށެވެ. ރައީސް މައުމޫނު ތިރީސް އަހަރު ވެރިކަން ކުރުމުން  ދުނިޔެ އުމުރަށް އެކަކަށް ވެރިކަން އޮންނަ އޮތުން ބަދަލު ކުރުމަށެވެ. ދެ ދައުރަށް ވުރެ ގިނަ ދުވަހު އެކަކުވެސް ވެރިކަން ނުކުރާނެ ނިޒާމެއް ގާއިމު ކުރާށެވެ. މެޖޯރިޓީއަށް ބޯލަބާ މުޖުތަމައެއް ބިނާ ކުރާށެވެ.

ވަކި މީހަކީ މުޅި ގައުމު ކަމުގައި އޮތް އޮތުން ބަދަލު ކުރުމަކީ އެމްޑީޕީގެ އަމާޒެވެ. ރައްޔިތުންގެ ގިނަ ބަޔަކު ރުހޭ ގޮތަށް ގިނަ ބަޔަކު ގޮވައިގެން ވެރިކަން ކުރުމަކީ އެމްޑީޕީ ތައާރަފް ކުރި ޑިމޮކްރަސީއެވެ. ވަކި މީހެއްގެ ވަށައިގެން އެނބުރޭ ވަކި މީހަކު ބޭނުންވާހާ ގޮތަކަށް ކަންކަން އެނބުރާ އެނބުރުން ބަދަލު ކުރުމަކީ އެމްޑީޕީ ގަބޫލުކުރާ ޑިމޮކްރަސީއެވެ.

ރިޔާސީ އިންތިހާބަކުން ފޭލިވުމުން އެމީހަކަށް ތިންވަނަ ފަހަރަށާއި ހަތަރުވަނަ ފަހަރަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖާގަ ނުދިނުމަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއެވެ. ސިޓިންގ ޕްރެސިޑެންޓަށް ދެވަނަ ދައުރަށް ޖާގަ ދިނުމަކީ ދުނިޔޭގައި ގެންގުޅޭ ޑިމޮކްރެޓިކް ރީތި އުސޫލެކެވެ. އެކަމަކު ރައީސް ނަޝީދާ ޖެހުމުން އެމްޑީޕީ ގަބޫލު ކުރި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގެ ހުރިހާ އުސޫލުތައް އެފުށް މިފުށަށް ޖަހަން ޖެހެއެވެ. ވާދަވެރި އިންތިހާބަކާ ނުލާ ރިޔާސީ ޓިކެޓް ވެސް ރައީސް ނަޝީދަށް ވިއްޔާ ލިބެން ޖެހެއެވެ.

އަނެއްކޮޅުން ޕާޓީގެ ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އަރާ ޕާޓީއަށް އިންތިހާބު ކާމިޔާބު ކޮށްދޭން މަސައްކަތް ކުރުމަކީ ދުނިޔެ ގަބޫލުކުރާ ރީތި ހަމައެވެ. ފެށުނީއްސުރެ ރައީސް ނަޝީދު ވަކާލާތުކޮށް ބާރު އަޅުއްވާ ހެއްދެވީ އެމްޑީޕީގެ ތެރޭގައި އެ ހަމަ ހިފެހެއްޓެވުމަށެވެ.

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓް ކާމިޔާބު ކުރާ ކެންޑިޑޭޓަށް ގޮނޑި ކާމިޔާބު ކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެތައް ފަހަރަކު އެތައް ތަނެއްގައި ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވިއެވެ.  ކިތަންމެ ބާރަށް ރައީސް ނަޝީދު އެހެން ވިދާޅުވަމުން ދިޔަޔަސް އެމަނިކުފަނާ ޖެހުމުން އެރީތި ހަމަ އަކީ އެމަނިކުފާނަކަށް ޑިމޮކްރަސީއަކަށް ނުވެއެވެ. އެމަނިކުފަނާ ޖެހުމުން މެންބަރުންނަށް ދައްކަވަނީ އެހެން މިސާލެކެވެ.

ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއްގައި ގިނަ މީހުންނަށް ފެންނަ ގޮތަކީ ގޮތަކަށް ނުވެއެވެ. މަޖިލީހުގައި ވެސް ޕާޓީ ވިޕްލައިނަށް ތަބާ ވާން ޖެހެނީ ރައީސް ނަޝީދު ނޫން އެހެން މީހުނެވެ. ރައީސް ނަޝީދު އެދިވަޑައި ނުގަންނަވާ ގޮތަކަށް ވިޕްލައިނާ ހިލާފުވުމުން ފިޔަވަޅު އަޅާ ޕާޓީން ވަކިވެސް ކުރެއެވެ. ރީކޯ މޫސައަކީ އޭގެ މިސާލެކެވެ. ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއްގައި ވިޕްލައިނާ ހިލާފުވާން މެންބަރުންގެ ސޮއި ހޯދާ ވިޕްލައިނާ ހިލާފުވުމަކީ މައްސަލައަކަށް ނުވެއެވެ. ރައީސް ނަޝީދަށް މެޖޯރިޓީއަށް ތަބާވެ ވަޑައިގަތުމަކީ އޮންނަ ކަމެއް ނޫނެވެ.

ރައީސް ނަޝީދާ ޖެހުމުން ޑިމޮކްރަސީއަކީ އެހިނދަކަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތެވެ. އެމަނިކުފާނު ވިދާޅު ބަސްފުޅެވެ. ދުނިޔޭގެ ބެސްޓްޕްރެކްޓިސްއާއި ޑިމޮކްރަސީ އޮންނަނީ ނަޝީދު ނޫން އެހެން މީހުންނަށެވެ.

]]>
Tue, 24 Jan 2023 17:39:05 +0500 ހީރަސް
ނަޝިދަށް ހަތުރެއް މިތުރެއް ވަތްކެއް ނުވޭ! https://heerasnews.com/943 https://heerasnews.com/943 ވާދަވެރި އިންތިހާބާއި ތަފާތު ފިކުރު ހަޖަމްކުރުމުގެ ބާރެއް ފިކުރެއްގެ ދިރުމުގައި ނެތެވެ. ހިތު ލޯބި ދީގެން އެމީހަކަށްޓަކާ ރޭނިދި ނުނިދާ އުޅުމުގެ ހަމައަގަކީ ސަޕޯޓަރުން ލައްވާ ހައްޓަށް އަރުވާ ގުއްޓުތަކެވެ. މަވެތި ކަމުގައި ގުރުބާން ކަންބަޅިތަކަކަށް އަބަދަކު އެންމެނަކު ވެގެނެއް ނުތިބޭނެއެވެ. ޑިމޮކްރަސީއަކީ އެކެއްގެ ވަށައިގެން އެނބުރޭ ފިރުއައުނީ ނިޒާމް ނޫން ކަމަށް ވަކާލާތުކޮށް ހިތްތައް ހޯދައިގެން ތާއަބަދަށް އެޅިހާބަތަކަށް އެންމެން ރިހަ ނުވުމުން ސުއްދާނު ނުހިފުމަކީ އެހެން މީހެއްގެ މައްސަލައެއް ނޫނެވެ.

ބައެއް ފަހަރު ބައެއް މީހުން މޮޔަހެއްދި ދާނެއެވެ. ބައެއް ފަހަރު އެންމެން ވެސް މޮޔަ ހެއްދިދާނެއެވެ. އެކަމަކު އަބަދަކު އެންމެނެއް މޮޔައެއް ނުހެއްދޭނެއެވެ. ކާކަކީ ކާކުކަން އެނގި އޮޅުން ފިލިފިލިހެން އެ މިހަކާ މީހުން ދުރުވެ ގާތް ވާނެއެވެ. ރައީސް ނަޝީދު ވެސް ބޭޒާރުވެ ބަކީ ވަމުން އެ ހުރެދަނީ އެގޮތަށެވެ.

މަޝްހޫރުކަމާއި މަގުބޫލުކަން ހޯދަން ކުޅުނުހާ ޗަރުކޭހުގައި ތަކްލީފްތައް ލިބުނީ އެމްޑީޕީއަށާއި އެމްޑީޕީގެ ހިތްވަރު ގަދަ މެންބަރުންނަށެވެ. ވެރިކަން ލިބި ފަނޑިޔާރަކު ހައްޔަރުކޮށް އަތަށް ގޮއްވާލުމުން ވެރިކަން ވެއްޓި ހައްޔަރުވުމުން މުޅި އެމްޑީޕީ އޮންނަން ޖެހުނީ ދޫކޮށްލާ ދޫކޮށްލާ ގޮވަން މުޒާހަރާގައި މަގުމަތީގައެވެ. ޔާމީނުގެ އަނިޔާވެރި ވަކިތަކުން އެމްޑީޕީއާއި ރައީސް ނަޝީދު ސަލާމަތް ކުރަން މާބަނޑު ހާލުގައިވެސް އެންމެ ބޮޑު ގުރުބާނީއެއްވީ ފަހުލަވާނަކީ ހިސާން ހުސައިންއެވެ. އެހެނަސް ހަތަރެސްފައި ބަނދެވި އޮތް ޖަލުގެ ކުޑަގޮޅިން ނެރެ މައިބަދަ ބަހާނާގައި ބޭރަށް ފޮނުވާ ދިނުމުގައި ހިސާންވީ ގުރުބާނީ އަގަކީ ސަޕޯޓަރުން ނެރުވައިގެން ފަހާދުއްވުމެވެ. ގަޔަށް އަތްލާ ޖިސްމާނީ އަނިޔާއާއި ނަފްސާނީ އަނިޔާ ކުރިމަތި ކުރުވުމެވެ.

ފޮޓޯ:ވަން

ޔާމީނުގެ ގޮށްމުށުން ރާއްޖެ މިންޖުކޮށް އެމްޑީޕީ އިސް ބަސްބުނާ ސަރުކާރެއް ގެނެސް 13 އަހަރުގެ ޖަލު ހުކުމުން މިންޖުކޮށް ދިން ޒަމާންވީ މިތުރު ރައީސް ސާލިހާއި ވީހާލެއްގައިވީ ދިފާއީ ވަކީލު ހިސާން ހުސޭންމެންނަކީ ޖާނީ ދުޝްމަނުން ކަމަށް ރައީސް ނަޝީދަށް ވެއްޖެއެވެ. ނަޝީދުގެ ނަމާއި އަބުރާ ވަސް ފުހެލަން މަސައްކަތްކޮށް އެމްޑީޕީ ވުޖޫދުން ފުހެލުމަށް އެތައް އަނިޔާއާއި ދުއްތުރާ ޖެއްސި ޖައްބާރު ޔާމީނާއި އޭނާގެ ބައިވެރިންނަކީ ރައީސް ނަޝީދުގެ މިތުރުންނަށް ވެއްޖެއެވެ.

ރައީސް ނަޝިދަށް ހަތުރެއް މިތުރެއް ވަތްކެއް ނުވެއެވެ. ވެރިކަމުގެ ދަހިވެތިކަން ސިނކުޑީގެ މަދުގެ މަދުގައި އަށަގަތުމުން އަނގުރު އަލިފާންވެސް ވަތްކެއް ނުވެއެވެ. އަމިއްލަ އެދުން އިސްކޮށް އަމަލާ ބަސް މަގު ހުރިގޮތުން މީހުންގެ ހިތުލޯބި ކެނޑި ބަކީ ވުމަކީ ތަޅާނެ ކުދިން ހޯދައިގެން ހިޔާލު ތަފާތު މިތުރުން ފުޑާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫނެވެ. ބޮޑުތަނުން ރައީސް ނަޝީދުގެ މަގުބޫލުކަން އެމްޑީޕީގައި ކެނޑިގެން ދިޔައީ މީހަކު ކުރިކަމަކުން ނޫނެވެ. މަވެތިކަން ބޮޑުވެގެންނެވެ. އަމަލާ ބަސްމަގު ހުންނަ ގޮތުންނެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުރެ ރީތިކޮށް ބާކީވެ ނިމެނީ ހިސާނުގެ ކުށަކުން ނޫނެވެ.

ހަޖަމްނުވާ ބަޔަކަށް ނުވިޔަސް އެމްޑީޕީ ދަމަހައްޓާ ނަގަހައްޓާ ދިފާއު ކުރަން ހިސާން ކުރާ މަސައްކަތުގައި ދައްކާ ބިރަކަށް ކުރާ ފުރައްސާރަ އަކަށް ނުބަލާނެއެވެ. ހިސާންގެ ހިދުމަތް ކުރަނީ އެމްޑީޕީއަށެވެ. ވަކި މީހަކަށް ނޫނެވެ. މިއަދު އެމްޑީޕީ އޮތީ ރައީސް ސާލިހާއެކު ކުރިއަށް ދިޔުމެވެ. ހިސާން އެހުރީ އެމްޑީޕީއާއެކު ފަހަށް ނުޖެހި ކުރިއަށް ދާށެވެ.

]]>
Mon, 23 Jan 2023 06:15:45 +0500 ހީރަސް
ޔާމީނަށް ވަފާތެރިވާތީ ބާރަށު ޝުޖާއަށް އަންނިގެ ތަހުނިޔާ https://heerasnews.com/942 https://heerasnews.com/942 ޓްވިޓަރގައި ވަކިވަކި މީހުންގެ އަބުރު ކަތިލާ ކޮށާ ކުދިކޮށް ހެދުމުގައި ދެވަނައެއް ނެތް ހަށިގަޑެއް ލިބިގެން ނުވާ ހަސަން ކުރުސީއަށް ޔާމީނު ވަރެއް މިހާރަކު ނެތެވެ. ހަސަން ކުރުސީގެ ތައުރީފާ ސަނާ ޔާމީނަށް ވަފާތެރި ކޮންމެ މީހަކަށް އޮއްސަމުން އެހެރަ ދަނީ އަމަށަކު ވަރަކަށް ނޫނެވެ.

ރައީސް ނަޝީދަށް މިހާރަކު ޔާމީނު ވަރެއް ނެތެވެ. ޔާމީނު އެމްޑީޕީ މީހުނަށް ދިން އަނިޔާއެއް ކުރި ވައްކަމެއް ނެތެވެ. މަރުވިއްޔާ ޝަރަފުގައި މަރުވާ ވަރަށް ޔާމީނުގެ މައްޗަށް ރައީސް ނަޝީދުގެ ލޯބި ވަނީ ޖެހިފައެވެ. ޔާމީނަށް ވަފާތެރި ކޮންމެ މީހަކީ ރައީސް ނަޝީދުގެ މިތުރެކެވެ.  

ޔާމީނަށް ވަފާތެރިކަން ދެއްކުމުގައި ބާރަށު ޝުޖާއު ހުރީ ނިހާޔަތުގައެވެ. ބާރަށު ޝުޖާގެ އުފަން ދުވަހުގެ ތަހުނިޔާ އެންމެ އަސަރުހުރި ގޮތަކަށް ކިޔާ  ފާހަގަ ކުރީ ހަސަން ކުރުސީއެވެ. ޔާމިނަށް ވަފާތެރި ކޮންމެ މީހަކީ ހަސަން ކުރުސީގެ މިތުރެކެވެ.

ރައީސް ނަޝީދުގެ އެކައުންޓެއް ކަމުގައި އެންމެންހެން ގަބޫލުކުރާ ޓްވިޓަރ އެކައުންޓަކުން ޔާމީނަށް ތައުރީފް ކުރާތަން ފެނި އެމްޑީޕީ މީހުން އަރަނީ އިންތިހާ ދަރަޖައިގެ ރުޅިއެކެވެ. އެ ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. ވާނީ އެހެންތާއެވެ. 

މިހާރު ހިނގާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ރައީސް ނަޝީދަށް ކެމްޕޭންކޮށް ދެނީ ޕީޕީއެމް މަތިފަޑިންނެވެ. ޕީޕީއެމަށް ފަހި ނޫސްތަކާއި ޕީޕީއެމްގެ އިސްސަފުގެ ހުރިހާ ގައްދަރުން އެއްވާނަކަށް ކެންޕޭން ކުރަނީ ރައީސް ނަޝީދަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްދޭށޭވެ. ރަތްލާޖެހި ޕީޕީއެމް މީހުން މިހާރު އެމްޑީޕީ މީހުނަށްވުރެ އެމްޑީޕީއެވެ. 

އެމްޑީޕީ މީހުނަށް ހަތް އަހަރު ވަންދެން ޔާމީނު ދިން އަނިޔާއާއި ޖެއްސި ހާލު މިއަދަކު ރައީސް ނަޝީދު ހަދާނެއް ނެތެވެ. ތިމާގެ ވެރިކަން ވައްޓާލާ މަގުމަތިކޮށްލުމުން ތިމާއަށްޓަކާ ޖާނުން ގުރުބާންވީ އެމްޑީޕީ ފަހުލަވާނުންގެ މައްޗައް ކުޑަވެސް ލޯތްބެއް ކުލުނެއް ރައީސް ނަޝީދުގެ އޮތްނަމަ އާރާ ބާރުގެ ދަހިވެތި ކަމުގައިވިޔަސް ޔާމީނެއް އޯކޭއެއް ނުވާނެއެވެ. 

އާނއެކެވެ. އެމްޑީޕީގެ ހަގީގީ ލީޑަރ ރައީސް ސޯލިހު އެ ހުންނެވީ ވެރިކަމަށްޓަކާ އެމްޑީޕީގެ ފަހުލަވާނުން ގުރުބާން ކުރައްވާކަށް ނޫނެވެ. އިބޫ ހުރީ ދުވަހެއްގައި ވެސް އެމްޑީޕީގެ ހީވާގި ވަފާތެރި މެންބަރުނަށް ޔާމީނު ދިން އަނިޔާތަކާއި ޔާމީނާ އޯކޭ ވާގޮތަކަށް ނޫނެވެ. އަންނި ޔާމީނަށް އޯވެ ވިޔަސް އިބޫއަށް ޔާމީނު އޯކޭއެއް ނޫނެވެ.

]]>
Sun, 22 Jan 2023 20:08:50 +0500 ހީރަސް
ވައްޑެއަށް: ތެޅުނު ވަރަކަށް ހުޅުބުގޮސް ފާޅުވާނީ އަސްލު ސޫރަ! https://heerasnews.com/940 https://heerasnews.com/940 ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ކަންލިބުން ކަމަށް އުނގޫފާރު ދައިރާގެ މެންބަރަށް ހީވީ ހެއްޔެވެ. ގާނޫނު އަސާސީގެ 115 މާއްދާއަކީ ވައްޑެ ބޭނުންވާ ގޮތަކަށް މާނަކޮށް ބޭނުންވާ ގޮތަކަށް ކަންކަން ކުރަން އޮތް މާއްދާ އެއް ނޫނެވެ. އެ މައްދާގައި ބުނާ އެއްޗެއް ވައްޑެއަށް ނޭނގުމަކީ ނުވަތަ އެނގިހުރެ ގަސްދުގައި އޮޅުވާލުމަކީ ވައްޑެގެ ދެއުޅިއެއް ނުވާކަމެވެ. ނުވަތަ ނުބައި ނުލަފާ ކަމެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކޮށް ވަކިކުރަން ބާރު ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވައްޑެއަކަށް ސަހިންދާއަކަށް އަންނިއަކަށް ނޫނެވެ. ދައުލަތުގެ ސިޔާސަތު ކަނޑައަޅާ އެ ސިޔާސަތު ތަންފީޒް ކުރަން މީހުން އައްޔަނުކޮށް ވަކިކުރަން ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވައްޑެއަކަށް ސަހިންދާއަކަށް އައްނިއަކަށް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔައަކީ ދިވެހިރައްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ވަކިބައެއްގެ ރައީސެއް ނޫނެވެ. ވަކި މީހަކު ބުނާ ގޮތެއް ހަދައިގެން އުޅެންޖެހޭ ގޮނޑިކޮއްކޮއެއް ވެސް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ ލިބިދީފައި އޮތް ހައްގެއް އިލެކްޝަން ކަމިޝަނާއި ހިއުމަންރައިޓްސް ކަމިޝަނަށް ލިބިގެން ނުވާކަން ޝަހިންދާއަށް ނޭގުމަކީ ހުރި ގަމާރުކަމެވެ. 

ރައީސުލްޖުމްހޫރިއޔާގެ ވާޖިބުއަދާ ކުރަން އިސްކޮށްފައި ތިބޭ މީހުން ރައީސްގެ ސިޔާސަތުތައް ހިންގިޔަނުދީ ފުރައްސާރަކޮށް ޖެއްސުންކޮށް ސަރުކާރު ބަދުނާމު ކުރުމަކީ ބޮޑު ކުށެކެވެ. ހަރާން ކޯރުވުމެވެ. ސިޔާސީ މަގާމް ތަކުގައި ތިބޭ މީހުން އާއްމު ތަންތާ ސަރުކާރު ބަދުނާމު ކުރުމެކޭ ފިރިއަކު އަނބިމިހާ ބަރަހަނާކޮށް މަގަށް ނެރުމެކޭ ތަފާތެއް ނެތެވެ. ސިއްޕެއެއް އަމްރެއް ލޫކަހެއް ކިޔާނެ ކަމެއް ނެތެވެ.

ހަމަތެކެވެ. ކޮއިމަލާއިން ހަމަރޯޅިން އެމްޑީޕީއަށް ފުންމާލައިގެން އުޅޭ ވައްޑެ ކަހަލަ މީހުން ތެޅުނު ވަރަކަށް ހުޅުބުގޮސް ފާޅުވާނީ އަސްލު ސޫރައެވެ. އަމިއްލަ ނަފްސް އަމިއްލައަށް އޮޅި މީހެއްގެ ތެތްފޭލި އުފުލަން އުޅޭ މީހަކަށް އެންމެ ގިނައިން ފެންނާނީ ފޭލިދޮންނި ދާފެންގަނޑެވެ. 

]]>
Sun, 22 Jan 2023 15:05:25 +0500 ހީރަސް
ލަކިޖެހި ވަރަކަށް ފައިބާނީ ހުޅުނބު! https://heerasnews.com/926 https://heerasnews.com/926

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރައްވަން ޖެހެނީ ހައަނގަ ޖަމީލު ބުނާ ކަންކަމެއް ނޫނެވެ. އޮޅެގެން ނޫޅޭށެވެ. މި ރާއްޖޭގައި އޮތީ ފެޑެރަލް ދައުލަތެއް ނޫނެވެ. ޔުނިޓަރީ ދައުލަތެކެވެ. ސިޓީ ކައުންސިލަކީ ވަކި ސަރުކާރެއް ނޫނެވެ. ލާމަރުކަޒީ ނިޒާމަކީ މުއިއްޒު ލާން ގެންގުޅޭ ހަރުވާޅެއް ނޫނެވެ.

ސަރުކާރުގެ އާރާބަރު ނުފޯރާ އަކަ އިންޗިއެއް ވެސް މި ދައުލަތުގައި ނުއޮންނާނެއެވެ. ސަރުކާރުން ހިންގަން އުޅޭ މަޝްރޫއެއް ޕްރޮގްރާމެއް ހުއްޓުވޭނެ ކައުންސިލެއް ވެސް ނޯންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމުރު މައުރޫފު ނުހިނގާ ފަސްގަނޑެއް މި ބިމުގައި ނުއޮންނާނެއެވެ. މުއިއްޒު ހިންގާ މާލެސިޓީ ކައުންސިލަކީ ވަކި ސަރުކާރެއް ނޫނެވެ. ގާނޫނީ އިމުން ބޭރުވެ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅޭ ވަރުގެ ގާނޫނީ ބާރެއް މާލޭ މޭޔަރަކަށް ނުއޮންނާނެއެވެ.

ރައީސޭ އެޓޯލް މިނިސްޓަރޭ ބާރޭ ސިޓީކައުންސިލޭ ކިޔައިގެން ފަސާދަ އުފައްދަން ހަ އަނގަ ޖަމީލަށް އޮތް ހައިސިއްޔަތެއް ނެތެވެ. ރައީސް ޔާމީނަށް ކެހިދީ ޖަލަށް ވައްދާފައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ހުވަފެން ދެކިކިގެން ބުޅާ މަސްގަނަޑަށް ބަލާހެން ޕީޕީއެމްގެ ޓިކެޓަށް ވައްވައް ޖަހާނީ ހެއްޔެވެ. އެކަމެއް ނުވާނެއެވެ.

ކުށް ކަނޑައަޅަން ހައަނގަ ޖަމީލަކީ ކާކު ހެއްޔެވެ. ގާނޫނީ ހަމަލަމަ ގެއްލި އިތުބާރު ކެނޑި މަގުމަތި ވީމާ ޓްވީޓް ކުރިޔަސް ޖެހޭނީ ގައިވީދާށެވެ. ކަމަކަށް އިސްކުރަން ކުފޫ ހަމަވާ އެންމެ ސިފައެއް ވެސް ޖަމީލުގެ ނެތެވެ. ކުޑަމިނުން ރަށުކައުންސިލެއްގައި ގޮނޑިއެއް ހޫނުކުރަން ވެސް ހައަނގައަށް ބަޔަކު ވޯޓެއް ދޭނީއެއް ނޫނެވެ. މާ ގަދަ މީހަކަށް ވެގެން ޓްވީޓް ކުރިޔަސް ސިޔާސީ އަބަ ހައްދަވެ ހުޅުނބު ފޭބީމާ ލަކިޖެހި ވަރަކަށް އެޅޭނީ ދޮޅިއެެވެ.

]]>
Thu, 19 Jan 2023 17:57:51 +0500 ހީރަސް
ނެތް ހަސް ދައްކަން ޓްވިޓަރުން ފޮނުއަރުވާ ފިނިފެންމާ https://heerasnews.com/918 https://heerasnews.com/918 ދައުލަތް ފުޅިއްސާލަން ލިބި އަތުން ބީވެ ދުވަސްތަކެއް ވޭތުވެ ދާތީ ދެރަވާނެއެވެ. އަސަރުކުރާނެއެވެ. ނޯށުންރޮއެ ހޭރޭނެއެވެ. އިކޮނޮމިކް ވަޒީރުކަން ގެއްލި ލިބި އޮތް މޮޅުން އަތް ދޮވެލައިގެން ހުންނަން ޖެހުމުން ފިނިފެން މަލެއް ކަމަކު މޯޅިވެ ކަރިތައް ކަރުގަނޑުން ލުހި ބިމަށް ވެރޭނެއެވެ. ފިނިފެން މަލަކަށް ވެސް އަބަދަކު ފޮޅުނު ގޮތަކަށް ނުމިލާ މޯޅިނުވެ އެއް ނުއިނދެވޭނެއެވެ.

ބޮޑު މަހުޖަނުގެ ތޮއްވަރީ އިނދެ ކޮރަކައްޔެއްހެން ބޮޑުވެ ދޯކާދީ މުލުވަގު ގޭންގަށް ވަދެވުނަތީ ތުރާ ކުނަލެއް މައްޗަށް އުފަންވިކަން ހަދާން ނެތި ވައްކަމަށް ފާސްޓް ވުމަކީ ގަދަކަމެއް ނޫނެވެ. އަމިއްލަ އުފަންވެއްޔަށް ކުލުނު ކެނޑި މާ ވަށްވައް ޖަހާ، ގޮނޑިއެއް ހޫނު ކުރަން އިނަކަސް ކަނީކީ ވަކިން ހަލާލު އެއްޗެއް ނޫނެވެ. ދާއިރާގެ ތަކުންނަށް ކަމެއް ކޮށްނުދީ މުލުވަގު ތަހުތުގައި ވަޑުވަން އުޅުމަކީ ގިނި ދިރުވުން ނޫން ކަމަކަށް ނުވާނެއެވެ.

ފަސް އަހަރު ވަންދެން ކުރިހާ ވެސް ކަމަކީ ދައުލަތް ވީދަ އިރައިގެން ކެއުމެވެ. ފަހާ ބޭރުކޮށްލީމާ މާ ވަށްވަށް ޖަހާނެކަމެއް ނެތެވެ. ސްލޯނުވެ ހަލުވިކޮށް ކުރިކަމަކީ ކޮބައިކަން ނޭނގޭ މީހަކު ނެތެވެ. ބާރުތަކުގައި ބަގުޑި ބައްދައިގެން ތިބެ ހަލުވިކޮށް ރަށްރަށުގެ ބަނދަރުތައް ހަދާ ފެނާ ނަރުދަމާ އަޅާ އިންޖީނުގެތައް އަޅާ ނިންމާފައި ހުރިނަމަ އެހެން ބަޔަކަށް ސްލޯކޮށް ވެސް އެކަންކަން ކުރާކަށް ނުޖެހުނީހެވެ.

ތުރާކުނަށް ނިސްބަތް ވީތީ ލަދުން ދެފައި ގާތްނުވެ ފިނިފެންމާ ހެދިގެން މާ ވަށްވަށް ޖެހިޔަސް ތިޔަހެން މާ ވަށްވަށް ޖެއްސަސް ބަލާ އާދަމު ދަރިއަކު ނެތެވެ. ސިޔާސީ ބުރަދަނެއް ހުރި މީހެއްކަން ދައްކަން ޓްވިޓަރު އަތްގަޑަށް ވަރުބޭލިޔަސް ތިޔަ މަލެއް ދެން ނުފޮޅޭނެއެވެ. ފިސްވެ ޗިސްވެ ވެއްޔަށްވުން ނޫން ގޮތެއް ފިނިފެން މަލަކަށް ދެންނެތެވެ.

]]>
Tue, 17 Jan 2023 17:57:00 +0500 ހީރަސް
ޕާޓީއަށް ވަފާތެރި ގިނަ ބަޔަކަށް ވަޒީފާ ލިބުނަނުދީ އަންނި https://heerasnews.com/907 https://heerasnews.com/907 ތިމާމެން މިތިބީ ދައުލަތުގެ މުސާރަ ނަގައިގެން އެތައް އަހަރެއް ވަންދެން ޖަމާކޮށްލަ ކޮށްލައެވެ. އުޅެނީ އަމިއްލަ ޕާޓީ ހަދައިގެން އެނޫން އެއްޗެއް ދުނިޔެ މަތީގައި ނެތް ކަމަށް ހަދައިގެންނެވެ. އަބަދާ އަބަދު އުޅެނީ އަމިއްލަ ޕާޓީއާއި އަމިއްލަ ލީޑަރުގެ ފަހަތުގައެވެ. ދެންތިބި ޕާޓީތަކާ ދިވެހިންނަކީ ނެތް އެއްޗެކެވެ، ތިމާއާއި ތިމާގެ ލީޑަރ ނުރުހޭ އެންމެންނަކީ ޑިމޮކްރަސީގެ ނަރަކަވަންތަ ވެރިންނެވެ. ހައްގުތަކަށް ކާފިރުވީ މީހުންނެވެ. ބޯކަނޑަން ޖެހިފައި ތިބި ޑިމޮކްރަސީގެ ތޯގޫތުންނެވެ. އެއިރެއްގައި ތިމާ އުޅޭ ކޮންމެ ގޮތަކީ ހުއްދަ، ހަލާލް ގޮތެވެ. ރުހޭ މީހާއަށް ވަޒީފާދީ އެދޭ މީހާއަށް ފަޅުރަށް ލިބުނީމާ އެއީ ލިބޭ ގަނީމާ މުދަލެވެ. އެކަމަކު ހައްދު ފަހަނަ އެޅި ހަރުކަށި ފިކުރަށް ވަނީ އެއްބައެކެވެ. 

ހައްދަކީ ވަކި ކޮޅަކަށް ފަހަނަ އަޅާ އެއްޗެއް ނޫނެވެ. ތިމާމެން ބަލަން ބޭނުން މަންޒަރަކާ އަހަން ބޭނުން އަޑެއް އެކަނި އަހަންޏާ އެތިބީ ހައްދު ފަހަނަ އެޅި ހަރުކަށި ފިކުރުގައެވެ. 

ރައީސް އޮފީހުގެ މިނިސްޓަރ ސިއްޕެއަށް ގައިމު ނުފޫޒަކާ ނާޖާއިޒު ބާރެއް ހިންގެން އޮންނާނެތާއެވެ. މިނިސްޓަރުންނާއި ނައިބުންނާއި ކުންފުނި ތަކުގެ ޗެއަރމަނުންނާއި އެމްޑީންނާއި އެތައް ސިޔާސީ މަގާމުގައި ތިބި މީހުން ހޭބޯ ނާރާ އަންނި ފަހަތުން ދުވާއިރު އެތަނެއް ނުފެނެއެވެ. އެއަޑެއް ނީވެއެވެ. 

ސިއްޕެއަށް ރައީސް އޮފީހުގެ ވަޒީރުކަން ދޭން ބާރު އެޅީ އަންނިއެވެ. އަންނި ބުނީ ޕެޕަރސްޕްރޭ ޖެހުނު މީހުންނަށް ވަޒީފާ ދޭން ނުޖެހޭ ކަމަށެވެ. ޕާޓީއަށް އިހުލާސްތެރި އެތަކެއް މެންބަރުންނަށް ވަޒީފާ ލިބުނަ ނުދީ އެކަމަށް ހުރަސްއެޅީ ސީދާ އަންނިއެވެ. ރައީސް އޮފިހުގައި ރައީސް އައްޔަނު ކުރައްވާ ސިޔާސީ މީހުން އައްޔަނުކޮށް ވަކި ކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ މިދާކަށް ދުވަހާ ޖެހެންދެން ސިއްޕެއެވެ. އެމްޑީޕީގެ މެންބަރުންނަށް މަގާމުދިނުމުގައި ފަހުބަސް ބުނަމުން އައީ ޕާޓީގެ ރައީސާ ނައިބު ރައީސެވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތައް އެމްޑީޕީ މީހުނަށް ލިބިފައިހުރީ އަންނި ބޭނުންވި ގޮތަށް އަންނި ބޭނުން ބަޔަކަށެވެ.

މީސްމީހުނަށް ވަޒީފާތައް ދިނުމަށް ހުށަހެޅުމުގައި ވެސް އަންނި ގެންގުޅުނު ސިޔާސަތަކީ ސަރުކާރު ދެކެ މީހުން ރުޅިއެރުވުމެވެ. ރައީސް ސާލިހު އަންނި ކުރެއްވި އިތުބަރާއި އޮތް ގަތްކަމުގެ ނާޖާއިޒު ފައިދާ ނެގުމެވެ. ހަމަ ތެދެކެވެ. އެ މަގާމުގައި ސިއްޕެ ހުރެގެން މި 4 އަހަރު ކުރި ކަމަކީ އެމްޑީޕީ މީހުން ރުޅިއެރުވުމެވެ. މިއަދު މިސާފުވަނީ ސިއްޕެ އެ މަގާމަށް ފޮނުވައިގެން އެކަން އެހެން ކުރީ މި ދުވަސް ގެންނަން އަންނި ބުނެގެން ކަމެވެ. 

]]>
Fri, 13 Jan 2023 16:06:53 +0500 ހީރަސް
ޖަލު ފަޅާލައިގެން ޔާމީނު ޖަލުން ނިކުންނަނީ https://heerasnews.com/893 https://heerasnews.com/893 ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށްލާފައި ހުރި ހ. ދޫވެހި އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމު ޖަލުގެ ތޭރިތައް ފަޅާލާފައި ނިކުތުމަށް މަސައްކަތް އެބަކުރެއެވެ. ޔާމީނު ޖަލުފަޅާލާފައި ނިކުންނާނެކަން ޕީއެންސީގެ ނައިބު ރައީސް އިބުރާހީމް ޝުޖާއު ނޫސްވެރިންނަށް ކަށަވަރުކޮށް ދީފިއެވެ.

ޝަރުއީ ކޯޓަކުން އިއްވާ ހުކުމަކީ އޭގެ ހަލާލު ހަރާން ކަނޑައަޅަން ބަޔަކަށް ޖެހޭ އެއްޗެއް ނޫނެވެ. ދަށު ކޯޓުން އިއްވާ ހުކުމަކާއި މެދު ހިތްހަމަ ނުޖެހޭ ހަސްމުން ދާން އޮތް ތަނަކީ ހައިކޯޓެވެ. ހައިކޯޓުގެ ހުކުމާއި ނުރުހޭނަމަ ދާން ޖެހެނީ ސްޕްރީމް ކޯޓަށެވެ. މަގުމައްޗަކަށް ނޫނެވެ. ކިތަންމެ ގިނަ ބަޔަކު ތާއީދު ކުރިޔަސް ވަގަކު ވާނީ ވަގަށެވެ. ކުށް ސާބިތުކޮށް ނިޔާ ކަނޑައަޅަނީ މެޖޯރިޓީގެ ތާއީދު އޮތްގޮތް ބަލައިގެނެއް ނޫނެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުން ކުރީއްސުރެ ޔާމީނަށް ކުރި ހުކުމް ހަރާންވެގެން ބަޔަކު މީހުން ގައިވީދާތީ އެބަފެނެއެވެ. އިހުތިޖާޖު ކުރުމުގެ ހައްގާއި އެއްވެއުޅުމުގެ ހައްގު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މުޖުތަމައުގެ ހަމަޖެހުން ނަގާލަން އެވެރިން އެ އުޅޭ އުޅުން ސާފުވަމުން އެހުރެ އަންނަނީއެވެ.

ޖަލު ފަޅާލައިގެން ޔާމީނު ޖަލުން ނެރެން ބަޔަކު ކަމަރު އެބަ ބަނދެއެވެ. ރާއްޖޭގެ ކަންކޮޅުތަކުން މީހުން ގެނެސްގެން މި މަހުގެ 19 އަދި 20 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ހުރިހާ ސަފުތައް ރުކުރުވާލުން  އޮންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް ބުނި ބުނުމަކީ ސަމާސާ ވާހަކައެއް ނޫނެވެ. ނިޔަތާއި މަގުސަދު ސާފުކޮށް ބުނަމުން ސަފުތައް ރުކުރުވާލާ ވާހަކަ ދެއްކީމާ ވާން މި އުޅެނީ ކީއްކަން ވަރަށް ސާފެވެ.

ކޮންފަރެންސެއްގެ ނަމުގައި އާޓިފިޝަލް ބީޗަށް ދެދުވަސް ވަން ދެން މީހުން އެއްކޮށްގެން އެ މީހުންގެ ލޭ ކައްކުވާ ޖަލު ފަޅާލަން ތައްޔާރުވާ ކަމަށް ބަޔަކު ގަބޫލު ނުކޮށްފާނެއެވެ. ޕީޕީއެމާއި ޕީއެންސީން ޝަރީއަތުން ކުރާ ހުކުމާއި ދެކޮޅަށް ކޯޓުތަކުގެ ހުރުމަތް ކަނޑައިފިއެވެ. އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުކަނޑުވާލަން މަސައްކަތް އެބަކުރެއެވެ. ކޯޓުތަކާއި ފަނޑިޔާރުންނަށް ބިރު އެބަ ދައްކައެވެ. ގާނޫނު އަސާސީ މަނާކުރާ ބޮޑެތި ޖަރީމާތަކެއް މީހުން އެއްކޮށްގެން އެބަ ހިންގައެވެ.

އަޑު ގަދަމިހާ ރުއް ގިނަ ވާނީ ޖަންގަލީގެ އުސޫލުގައެވެ. ތިމާމެން ގަބޫލުކުރާހާ ގޮތަކީ އިންސާފު ކަމަށް ދެކި ގާނޫނު އަސާސީއާއި ހިލާފަށް ހަޅުތާލު ކުރުމާއި އެއްވުމާއި އަޑު އުފުލުމަކީ ހައްގެއް ނޫނެވެ. އެއްވެ ހަޅުތާލުކޮށް އަޑު އުފުލޭނީ ހުއްދަ ކަންކަމުގައެވެ. ޝަރުއީ ހުކުމް ހަރާންކޮށް ޖަލުފަޅާލަން އުޅުމަކީ އަސާސީ ހައްގެއް ނޫނެވެ.

]]>
Tue, 10 Jan 2023 07:26:30 +0500 ހީރަސް
އިލްޔާސްގެ ވަރަކޮށާލަން ކާމިނީން ތޫނުކުރި ކުރަފަތް! https://heerasnews.com/888 https://heerasnews.com/888 މައުމޫނިޒަމްގެ ރަންޒަމާނުގައި މައުމޫނު ވެރިކަން ކުރެއްވީ ދޭދޭ މީހުން ޖައްސައިގެންނެވެ. ރަށެއްގައި އެންމެ ނުފޫޒު ގަދަ ފޯރާމީހާއާއި އެރަށެއްގެ ކަތީބާ ތިބެނީ ޖައްސާފައެވެ. ކަތީބުންނާއި ކުޑަ ކަތީބުންނާ ތިބެނީ ޖައްސާފައެވެ. ގާޒީއާއި ރަށު ވެރިންނާ ތިބެނީ ޖައްސާފައެވެ. އެ އެންމެން އެންމެންނާ ޖެހިފައި ތިއްބަސް އެންމެން ވެސް މައުމޫނާ ގުޅުން ބަރާބަރެވެ. ރާއްޖެތެރެ އެހެން އޮންނައިރު ކެބިނެޓް ވެސް ދޭއް ނުވަތަ ތިން ވިންގަށެވެ. ޖެހި ފިތި ބާރު ވެފައެވެ. ވެރިކަމުގެ ދެފަރާތު ދެ އާއިލާ ވެސް އޮންނަނީ ރަނގަޅަށް ޖައްސާ އަލިފާން ކަނޑުވާލާފައެވެ. އެންދެރި ކާމިނީގެ ޖެހުން މުޅި ސަރުކާރާ ރައްޔިތުންނަށް މުސީބާ ތަކަށް އޮތީ ހަދާފައެވެ. ކާމިނީ ބާރު ސަރުކާރު ތެރެއަށް ގަދަވެ ގަންނަ އިރު އެންދެރީގެ ބާރު ތައް އޮންނަނީ ކުޑަ ކަކުލަށް ތިރިކޮށްފައެވެ. އެންދެރީގެ ބާރު ހިނގައިގަންނަ އިރަށް ކާމިނީ ހުދުފުށް ވެއެވެ.

އެންދެރި ވިންގްގައި ނަގާ ކިޔަނީ އިލްޔާސް އިބްރާހީމާއި އައްބާސްއެވެ. ކާމިނީ ވިންގްގައި ނަގާ ކިޔަނީ އަބްދުﷲ ހަމީދާއި ޔާމީނެވެ. އެކަކަށް ބާރުތައް އޮންނަ އިރު އަނެކަކު ހުންނަނީ އަރިމަތީގައި ހަވާސާ ކުރެވިފައެވެ. ސިޔާސީ ކޯޅުމާ އެއްބަޔަކު އަނެއް ބަޔަކު ބަދުނާމުކޮށް ތުހުމަތުތައް އަޅުވާ ވަރަކޮށާލައެވެ. ނަތީޖާ ނެރުމާ ތަފާތު ދެއްކުމުގައި ކާމިނީއަށް ވުރެ ކުރީގައި އޮންނަނީ އެންދެރިއެވެ. ނަތީޖާއެއްގެ ގޮތުން އިލްޔާސް އިބުރާހީމަކީ ރައްޔިތުންގެ ތެރޭގައި މައުމޫނަށް ވުރެ ވެސް މަގުބޫލު މީހަކަށްވެފައި ވަނީ މަދެއްކޮށް ނޫނެވެ.

އިލްޔާސް އިބްރާހީމްގެ މަގުބޫލުކަން ބޮޑުވެ މަލޭގެ ރައްޔިތުން މަޖިލީހުގެ ދެ ގޮނޑިއަކީ އިލްޔާސް އިބްރާހީމް ބޭނުންފުޅުވެ ވަޑައިގަންނަވާ ބަޔަކަށް ނޫނީ ނުލިބޭ އެއްޗެއް ގޮތުގައި އެތައް ޒަމާނެއް ވަންދެން އޮތެވެ. ކާމިނީ ވިންގަށް އެ ކަމަކީ ހަޖަމް ކުރެވޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ކާމިނީ ވިންގްގައި މާލޭ މީހުން ބަލައިގަންނަ މަގުބޫލު އެއްވެސް ޝަހުސިއްޔަތެއް ނެތެވެ. އެހެން ކަމުން މަޖިލީހުގެ ގޮނޑިއަށް އިލްޔާސް އިބްރާހީމާ ވާދަކޮށްލަން ކާމިނީ ވިންގްގެ މަދަދާ އެކު ނެރެލެވޭ ވަރުގެ މާލޭ މީހަކު ހޯދުމަށް އަތްފުނާ އެޅިއެވެ. އެފަދަ މީހަކު ހޯދުމުގައި މައުމޫނަށް ވަފާތެރި ބޮޑު އާއިލާ އަކަށް ނިސްބަތްވާ ޒުވާނަކަށްވުން މުހިންމު ކަމަށް ކަހީނުންގެ މަޝްވަރާ ލިބުނެވެ.

މުޅި މަލޭގައި އަތްފުނާ އަޅައިގެން ކާމިނީ ވިންގަށް ރަނގަޅު ޒުވާނަކު ފާހަގަ ކުރެވުނެވެ. މާލޭގައި ނަގާކިޔާ ބައިބޯ މުއްސަދި އައިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. މާލޭގެ އެންމެ ސަޕޯޓަރުން ގިނަ، ކާމިޔާބު ކްލަބް އަކަށް ނިސްބަތްވާ ގެއެއްގެ ދަރިއެކެވެ. އިނގިރޭސި ވިލާތުން ކިޔަވައިގެން ހުރި ޖެހެލުން ކުޑަ ޒުވާނެކެވެ. މައުމޫނު އަރިހުގައި ކޮންމެ ހަފްތާއަކު އާރަށަށް ވަޑައިގެން ކްރިކެޓް ކުޅުއްވާ މުއްސަދި ބޭފުޅެއްގެ ދަރިކަލެކެވެ. އިލްޔާސާ ވާދަކޮށްލަން ކާމިނީ ވިންގަށް އެއަށް ވުރެ ވަކީން ރަނަގަޅު ޗޮއިސްއެއް ނުފެނުނެވެ.

ކާމިނީ ވިންގްގެ ޗޮއިސްއަކަށްވީ ކެރަފާ އާއިލާއާއި މަދަރުސާ ދޮށުގެއަށް ނިސްބަތްވެ ތާގީދޮށުގެއާއި އެނޫންވެސް އެތައް ބޮޑެތި އާއިލާތަކާއި އާއިލީގޮތުން ގުޅި ސިއްކަ ޖެހިފައިވާ ޒުވާނެކެވެ. އޭރަށް ކަމުދާ ވަރުގެ ބޭރު ތައުލީމެއް ލިބިފައި ހުރި ހުރުމާއި ބޮޑު ކްލަބަކަށް ނިސްބަތް ވުމަކީވެސް ޗޮއިސް ކަމުދިޔަ އެއް ސަބަބެވެ. އަނެއްކާ މައުމޫނު އަރިހުގައި އެންމެ މަގުބޫލު އެއް ފަހުލަވާނުގެ ދަރިއަކަށް ވުމުން ޗޮއިސް ޗޮއިސަކަށް ލާފުރާ ފުރިހަމަ ވިއެވެ.

އިލްޔާސް އިބްރާހީމާ ދެކޮޅަށް ކާމީނީ ވިންގުން ރައްޔިތުން މަޖިލީހުގެ މާލޭ ގޮނޑިއަށް ނެރެން ނިންމި ޒުވާނަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު (އަންނި) އެވެ. އެހެން ކަމުން އެ ދުވަސްވަރު ކެނެރީއާއި ކާމިނީ އާއިލީ ގޮތުން ގުޅުވާލަން ނަޝީދުއާއި އަބްދުﷲ ހަމީދުގެ ދަރިކަނބަލަކާ އަންނިއާ ލޯބީގެ ގޮތުން ގުޅުވާ ލެވުނު ކަމަށް ތުންތުން މަތީން ކިޔާ އުޅުނެވެ.  

އިލްޔާސް އިބްރާހީމްގެ އޮފު ކަނޑުވާލުމަށް ސަރުކާރު ތެރެއިން މައުލޫމާތު ފޯރުވާދީ "ސަންގު" ނެރުމުގެ ހުރިހާ ކަމެއްގައި ފައިސާއާއި އެހެނިހެން ކަންކަން ހަމަޖައްސާދިނީ ކާމިނީ ވިންގުންނެވެ. އަބްދުﷲ ހަމީދާއި އަބްދުﷲ ޔާމީނެވެ. ޒާހިރު ހުސައިންނާއި އަހުމަދު އަބްދުﷲ ފަދަ އެ ވިންގްގެ އެތައް ބައެއްގެ އެހީތެރި އަތްތައް އަންނިއާއި އެކު އޭރު އޮތެވެ. އެ ގޭސް ގަނޑުގައި އިލްޔާސްއާއި މާކުން ސަޓޯއާއި އެ ނޫން އެތައް ބައެއް އަނދާ ހުލިވެގެން ދަވަރު ވިއެވެ. ޒަމާން ދުއްވާލާ ހިންދަމާ ނުލެވޭވަރުކޮށް ބޮޑެތި ވަގުންގެ ގޮތުގައި އެތައް އާއިލާއެއް އިނދަޖައްސާލާ ހިންދަމާނުލެވޭ ވަރަށް ގުރުބާންކޮށްލިއެވެ. އެ ހަގީގަތް އޮތީ އެހެނެވެ.

ޑިމޮކްރަސީގެ ޗެމްޕިއަން ހެދިގެން އަތްގުޅި ނުވާވަރުގެ ކަރާ ފެޅިޔަސް ކާކަކީ ކާކުކަން ދަންނަ މީހުން ވަރަށް ގިނައެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް އަންނިއަކީ އިލްޔާސް އިބުރާހީމްގެ ވަރަކޮށާލަން ކާމިނީ ވިންގުން ތޫނުކުރި ކުރަފަތެެވެ.

]]>
Mon, 09 Jan 2023 17:59:48 +0500 ހީރަސް
މައުމޫނިޒމް އެންމެ ބޮޑީ ނަޝީދުގެ https://heerasnews.com/874 https://heerasnews.com/874 ރާއްޖޭގެ ރައީސްކަން ކުރުމަށް ފައިނަގާ ކޮންމެ މީހަކުމެ އެންމެ ފުރަތަމަ ބޯލަނބާން ޖެހެނީ ގާނޫނަށެވެ. އަމްދުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ގާނޫނީ ހުކޫމަތު ފުޑުފުޑުވާ ޒާތުގެ ވާހަކަފުޅުތައް ދެއްކެވުމަކީ ނުރައްކާތެރި ކަމެކެވެ. ރައީސް ކަމުގެ މަސްތުގައި ދައްކަވަން ވާނީ ގާނޫނު މުގުރުމަށް ހިތްވަރު ލިބޭޒާތުގެ ވާހަކައެއް ނޫނެވެ.

ސިޔާސީ ޕާޓީގެ ގާނޫނީ ދަފުތަރު ބެލެހެއްޓުމުގެ ޒިންމާ އިލެކްޝަނަށް ލިބިފައި އޮތީ އެ ކޮމިޝަނުން އަމިއްލަޔަށް ހޯދައިގަނެގެނެއް ނޫނެވެ. ގާނޫނުން އެކަން އެކޮމިޝަނާ މަތިކޮށްފައި އޮތީމައެވެ. ގާނޫނުން މަތިވެފައި އޮންނަ ޒިންމާ އެއް އަދާކުރުމާ މުއައްސަސާގެ ހަގު ދޮށިކަމާ އޮންނަންވީ ގުޅުމަކީ ކޮބައި ހެއްޔެވެ. އެމްޑީޕީއަށް ވުރެ އިލެކްޝަންސް ކޮމިޝަން ހަގު ވުމަކީ އެމްޑީޕީގެ މައްޗަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ އިހުތިސާސް ނުހިގާން އޮތް ސަބަބެއް ނޫނެވެ.

ދޮށިވެގެން އިހުތިސާސް ނުހިގަންޏާ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވާ އިރެއްގައި ނަޝީދަށް ވުރެ ދޮށީ ރައްޔިތުންގެ މައްޗަށް ނަޝީދުގެ ރައީސް ކަމުގެ އިހުތިސާސެއް ނުއޮންނާނެތާއެވެ. ކަމަކައިގެން ދަހިވެތިވެ ވަޑައިގަތަސް ފުކެއް ބޮޑުވަރެވެ. ރައީސް ނަޝީދާ ޖެހުމުން ހަމަތަކާއި އުސޫލުތަކާއި ގާނޫނުތައް ވެސް ހުންނަން ޖެހެނީ އެ ހިނދަކަށް ނަޝީދު ބޭނުންފުޅުވެ ވަޑައި ގަންނަވާ ގޮތަށެވެ. ޕާޓީގެ މެންބަރުންގެ ދަފުތަރަކީ ވެސް އެއިރަކު ނަޝީދު ބޭނުންފުޅު ގޮތަކަށް އޮންނަން ޖެހޭ އެއްޗެކެވެ.

މީގެ ހަތަރު އަހަރު ކުރިން އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ހަނދުމަފުޅު އައުކޮށް ލައްވާށެވެ. 13 އަހަރުގެ ޖަލު ހުކުމަކާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ މަގު އޭރު އޮތީ ރައީސް ނަޝީދަށް ބަންދު ވެފައެވެ. އެހެނަސް މައުމޫނު ބޭއްވެވި ރިޔާސީ އިންތިހާބުތައް ފާޑަށް ރައީސް ނަޝީދު ގިނިކަންޏާ ވާދަކުރެއްވި ފެންނަ ނުފެންނަ ރިޔާސީ ޕްރައިމަރީއެއް 30 މެއި 2018 ގައި ބޭއްވުނެވެ. މެންބަރުން ޖަޒްބާތުގައި ޖައްސައިގެން އެކަން އެ ދުވަހު ކުރެއްވީ " ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ބޭފުޅަކަށް ފުރުސަތުދޭ ޕްރައިމަރީއެއް" ބޭއްވުން ކޯޓު އަމުރަކުން މަނާ ކޮށްފައި ވަނިކޮށެވެ. ވީގޮތެއްވެ އެކަން ނިމިގެން ދިޔައީ ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ނުވެ ގާނޫނީ ހަމަ އެޅިގެން އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި އެހެން ބޭފުޅަކު ނެރެގެން ވާދަ ކުރުމަށް ފުރުސަތު ލިބިގެންނެވެ. މި އުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.

ދައްކަން މި އުޅެނީ ރައީސް ނަޝީދު ގިނިކަންޏާ ވާދަކުރެއްވި 2018 ގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ސައްހަވީ އެއްގޮތެއްގެ ވާހަކައެވެ. އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ދުވަހު ވޯޓް ލެވުނެވެ. ވޯޓްލާ އެސްއެމްއެސް ފޮނުވުމަށް ކަނޑައެޅިފައި އޮތް ނަންބަރަށް ކޮންމެ ޕާޓީއެއްގެ މެމްބަރަކަށް ވެސް އެސްއެމްއެސް ކުރުމަކަށް ހުރަހެއް ނެތެވެ. ވޯޓުދިން ކަމުގެ އެސްއެމްއެސް ފޮނުވާ އިރަށް ވޯޓު ބަލައިގަތްކަމުގެ މެސެޖެއް އެސްއެމްއެސް ކުރި ފަރާތަށް ލިބުނެވެ. ކޮންމެ މީހަކަށް ވެސް ވަކި މިންވަރެއް ނެތި ބޭނުން ވަރަކަށް ވޯޓު ލެވުނެވެ. އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންނަށް ވެސް ބޭނުން ވަރަކަށް އެ ޕްރައިމަރީގައި ވޯޓު ދިނުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ. އަނެއް ކޮޅުން ވޯޓު ދިނުމުން " 1 ވޯޓު ލިބިއްޖެ، ޝުކުރިއްޔާ ޖަޒީރާ ރައީސް މުޙައްމަދު ނަޝީދު" މިހެން ލިޔެފައި އޮންނަ މެސެޖެއް ވޯޓުދިން ކޮންމެ މީހަކަށް ލިބުނެވެ. އެއީ ދުނިޔޭގެ އެއްވެސް އިންތިހާބެއްގައި އެހާތަނަށް އަމަލުކުރި އުސޫލެއް ނޫނަސް ރައީސް ނަޝީދާ ޖެހުމުން ބަދަލު ވެގެން ދިޔައީ އުސޫލެވެ. ޑިމޮކްރަސީގެ ވާހަކަ ކިތަންމެ ބާރަށް ދެއްކެވިޔަސް ހަގީގަތުގައި މައުމޫނިޒަމް އެންމެ ބޮޑީ ނަޝީދުގެއެވެ.

]]>
Sat, 07 Jan 2023 08:52:33 +0500 ހީރަސް
ސިއްޕެ ކަނޑާލީތަ! https://heerasnews.com/867 https://heerasnews.com/867

ދައުލަތް ހިންގުމަށް ސިޔާސީ މަގާމް ތަކަށް މީހުން އައްޔަނު ކުރުމާ ވަކި ކުރުމުގެ ބާރު ރައީސަށް ގާނޫނު އަސާސީ ލިބިދީފައި އޮވެއެވެ. އެހެނެކޭ ކިޔާ ރައީސް ސާލިހުގެ ވާދަވެރިއަކަށް ތާއީދުކޮށްގެން އެކަކުވެސް މަގާމުން ވަކި ކުރައްވާފައެއް އަދި ނެތެވެ. ދެލޯ ރަނގަޅަށް ފުހެލައިގެން ހަމަލޮލުން ރަނގަޅަށް ބަލައިލަ ބަލާށެވެ.

ރައީސް ނަޝީދުވިދާޅު ވިޔަސް އެއްޔަކީ ހަގީގަތެއް ނޫނެވެ. އެކަން ރައީސް ނަޝީދަށް ވެސް ރަނގަޅަށް އެނގި ވަޑައި ގަންނަވާނެއެވެ. މީހަކު މަގާމަކުން ވަކި ކުރައްވާނެ ނަމަ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް އެ އުޅުއްވާ ގޮތުން އެ މަނިކުފާނު އެ މަގާމުން ވަކި ކުރައްވާނެތާ ކިތަންމެ ދުވަހެކެވެ. ދެ އަނގަ ޖަމީލުމެން ވެސް ލޮލަށް ފުސް ބުރާފައި ތިބީމާ ވާނުވާ ނޭނގި އެހެން ކިޔާ ކޯތަޅުވަނީތާއެވެ.

ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ހެއްދެވުނު އެއްޗެއް ހައްދަވައިގެން ރިޔާސީ ޓިކެޓް ހޯއްދަވާކަށް ރައީސް ސާލިހު ނޫޅުއްވައެވެ. ބާރެއް އޮތަތީ ބާރުގެ ބޭނުން ކުރައްވައިގެން ޕްރައިމަރީ ޓިކެޓް ހޯއްދެވުމަކަށް ރައީސް ސާލިހު ނޫޅުއްވައެވެ. ކޮންމެ މީހަކަށްމެ އެ މީހަކު އެދޭ މީހަކަށް މިނިވަން ކަމައެކު ވޯޓު ދީ ބަސް ބުނުމުގެ ހައްގު ހޯއްދަވާ ދެއްވުމަށް ވުރެން ރައީސް އެދި ވަޑައި ގަންނަވާ ކަމެއް ނެތެވެ.

ރިޔާސީ ޕްރައިމަރީއަކީ ޓިކެޓްލިބި ވަޑައި ގަންނަވާ ބޭފުޅަކަށް ޓިކެޓް ލިބި ވަޑައި ގަތުމުން އެންމެން އެކުގާ އެކަތިގަނޑަކަށްވެ ރިޔާސީ އިންތިހާބު ޕާޓީއަށް ކަމިޔާބު ކުރުމަށް މަސައްކަތް ނުކުރެވޭ ވަރު ބޮޑުހުޅަކަށް ވާކަށް ރައީސް ސާލިހު ބޭނުން ފުޅެއް ނުވެއެވެ. މެންބަރަކު ތާއީދު ކުރާ ގޮތަކަށް ބައްލަވައިގެން މެންބަރުންނަށް ވަޒީފާގެ ބިރު ދެއްކެވުމަކީ ރައީސް ސާލިހު ކުރައްވާނެ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެވެސް އަމިއްލަ އިހުތިޔާރުގައި އެމީހަކު ތާއީދު ކުރާނެ މީހަކަށް ތާއީދުކޮށް ވޯޓު ދިނުމަކީ ކޮންމެ މީހަކަށް އޮތް އަމިއްލަ ހައްގެއްކަން ރައީސަށް އޮޅިވަޑައެއް ނުގަންނަވައެވެ.

ރައީސް ސާލިހު ސިޔާސީ މަގާމު ތަކަށް އައްޔަނު ކުރައްވަފައި ތިއްބެވި ސިޔާސީ އެތައް ވެރިންނެއް އެ މަނިކުފާނާ ޒާތީ ގޮތުން ދިމާ ކުރައްވާ ފާޅުގައި ދެކޮޅަށް ކެންޕޭން ކުރައްވަމުން އެތިބަ ގެންދަވަނީއެވެ. އެ ބޭފުޅުން ކުރެން "ތަށަށް ކިޔަނީ މަރިޔަނބުތޯ" ވެސް ރައީސް އައްސަވާ ނުލައްވައެވެ. ވަގުތުން ވަގުތައް ކަނޑާލާފައި ފޮނުއްވާލެއްވެން ތިބި ސިޔާސީ އެތައް ބަޔަކު ސިޔާސީ ގޮތުން ރައީސްއަށް ގޯނާ ކުރާއިރު މަގާމުން ވަކި ނުކޮށް ބޭތިއްބުމުގެ ކެތްތެރިކަމާއި ހިތްވަރު ރައީސް ސާލިހުގެ ކިބައިގައި އެބަހުއްޓެވެ. އެވަރުގެ ކެތްތެރި ބޭފުޅަކު ކުންފުނި ތަކުގައި އުޅޭ އާދައިގެ މުއައްޒަފުންނަށް ވަޒީފާގެ ބިރު ނުދައްކަވާނެކަން އެންމެ ތުއްތު ކުއްޖާއަށް ވެސް ގަބުލު ކުރެވޭނެއެވެ.

]]>
Wed, 04 Jan 2023 20:53:03 +0500 ހީރަސް
އެންމެ އުސް ޒިނޭހާނާ އާއި ޑރ. މުއިއްޒު https://heerasnews.com/853 https://heerasnews.com/853 އެންމެންގެ ލޮލަށް ތިބީ މިރުސް ފެން އެޅިފައެއް ނޫނެވެ. ކުރާ ކަންކަމާ ކުރެވޭކަންކަން ނުފެންނަ ވަރަށް މީހުން ކަނެއް ނުވެއެވެ. ޔާމީނު ވެރިކަމުގައި ރަށްރަށަށް ކޮށްދިން ކަމަކާ ނުކޮށްދީ އޮތްކަމެއް އެންމެ ރަނގަޅަށް އެނގޭނީ އެ ރަށްރަށުގައި ދިރިއުޅޭ ބަޔަކަށެވެ. މި ސަރުކާރުން ރަށްރަށުގައި ކުރަހާ ކަމަކީ ޔާމީނު ކޮށްދިން ކަން ކަމަށް ހަދަން މުއިއްޒު ގައިވީދުނަސް ރަށްރަށުގެ ރައްޔިތުންނަކަށް އެ ކަމެއް އޮޅުވައެއް ނުލެވޭނެއެވެ.

ރައީސް ސާލިހުގެ ސަރުކާރުން ރަށްރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ހަދާ ރައްޔިތުންނަށް ލަފާފުރުމުގެ ފަސޭހަ ހޯދާދޭ ދިނުމުގެ ކްރެޑިޓް ޔާމީނަށް ހޯދާދޭން މުއިއްޒު ޓްވީޓު ކުރިޔަސް ރަށްރަށުގެ ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. ޔާމީނުވެރި ކަމުގައި ކުރީ ކީއްކަން އެންމެނަށް ވެސް އެބަ އެނގެއެވެ.

އައިޖީއެމްއެޗް ކައިރީގައި ދަގަނޑުތޭރި ޖަހައިގެން ޖަލެއްހެން ބަންދު ކޮށްގެން ދުވަހު ކުއްޔަށް ދޭ ޒިނޭހާނާއެއް ހިންގައިގެން ހަރާން ފައިސާ ހޯދި މ. ދިމްޔާތު ރާއްޖޭގައި ހުރި އެންމެ އުސް ޒިނޭހާނާއަށް ބަދަލުކޮށްލީ ޔާމީނު ވެރިކަމުގައެވެ. މުއިއްޒު ދައުލަތުން ހަރާން ފައިސާ ކަޅާކޮށް ގެންނެވެ.

ޔާމީނު ޖަލަށް ފޮނުވަލައިގެން ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ފައިނަގައިގެން ހުރެ ޕީޕިއެމް މެންބަރުންގެ ތާއީދު ހޯދަން ޔާމީނަށް ކްރެޑިޓް ދޭން އުޅޭކަން ނޭނގޭ ޕީޕީއެމް މީހަކު ވެސް ނޫޅެއެވެ. ސަލަފީން ފަހަތަށް ލައިގެން ދީން ވިއްކައިގެން ވެރިކަމަށް އަންނަން ތިޔަ އުޅެނީ ކިތަކަށް ޒިނޭހާނާ ހަދަން ޕްލޭން ކޮށްފައި އޮވެގެން ހެއްޔެވެ.

ބުނަން ހެއްޔެވެ. ޔާމީނު ސަރުކާރުން 108 ބަނދަރު ހަދާ 26 ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތްނަމަ މި ސަރުކާރުން ނިންމާލަން ޖެހޭނީ ހަމައެކަނި އުއިއްޒު އެބުނާ 26 ބަދަރު އެކަންޏެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދު ވެރިކަމުގައި ހެއްދެވި ބަނދަރުތަކާ އެކު މި ރާއްޖޭގައި ރައީސް ސޯލިހުގެ ވެރިކަމުގައި ބަދަރު ހަދަން ޖެހޭ ރަށެއް ނުއޮތީހެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 190 ވަރަކަށް ރަށް އޮތް އިރު ބަނދަރު ހަދާފައި ނެތް އެންމެ ރަށެއް ވެސް ޔާމީނު ވެރިކަން ނިމުނު އިރު ރާއްޖޭގައި ނުއޮންނާނެ ތާއެވެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ.

ރައީސް ސާލިހުގެ ވެރިކަން ފެށުނުއިރު އެއްވެސް ފެންވަރެއްގައި އެއްވެސް ޒަމާނެއްގައި ބަނދަރެއް ހަދާފައި ނެތް ފަންސާހަކަށް ރަށް ރާއްޖޭގެ ކަންކޮޅުތަކުގައި އޮތެވެ. ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ކޮންމެ ވެސް ފެންވަރެއްގައި ރައްޔިތުން ފަޅު ކޮނުވާ، ވީރާނާވެފައި އޮތް ތިރީހަކަށް ބަނދަރު ރާއްޖޭގައި އޮތެވެ. ކުރީގެ ސަރުކާރު ތަކުން ހަދާދީފައިވާ އެތައް ބަނދަރެއް ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެ އާބާތުރަ ނުފިލުވާ އޮތެވެ. މި ސަރުކާރުން ކުރަނީ އެ މަސައްކަތެވެ. ދިވެހި ރައްޔިތުންނަށް އެކަމެއް ނޯޅެއެވެ.

ހައްގު ނޫން ކްރެޑިޓް ޔާމީނަށް ދީގެން ޕީޕީއެމްގެ ތާއީދުގައި ވެރިކަމަށް އައުމުގެ ހުވަފެން މުއިއްޒު ތިޔަ ދެކެނީ ޔާމީނަށް ދެވުނު ކެހި ކުޑަކަމުން ހެއްޔެވެ. ޒިނޭއަށް މަގު ފަހިކޮށްގެންނާއި ޒިނޭހާނާ ހިންގައިގެންނާއި ދައުލަތުން ހަރާން ލާރި ކައިގެން ހުރެ ޔާމީނަށް ކުރި ހުކުން ހަރާން ކުރަމުން މޭޔަރުކަމުގައި ރައްޔިތަކަށް ކޮށްދޭ ކަމެއް ހަރާމުން ހަރާމެވެ.

]]>
Sun, 01 Jan 2023 13:26:59 +0500 ހީރަސް
އަންނި ބުނިހައި ގޮތެއް ނުހަދާ ކޮންމެ މީހަކު ހުރީ ވިކިފަ! https://heerasnews.com/851 https://heerasnews.com/851 ތިމާގެ ހައްގުގައި މަގުމަތިވި މީހުންނާ ދިމާލަށް މިއަދު ގޮވަނީ ގޮވާނެ އެއްޗެކެވެ. ބުނިހާ ގޮތެއް ނުހަދާ ކޮންމެ މީހަކު ހުންނަނީ ވިކިފައެވެ. ހިޔާލު ތަފާތު އެންނެނަށް ގޮވަނީ ވަގަށެވެ. އެހިގައި ހުރީ ކިތަންމެ ބޮޑު ވަގަކަސް އެކީގައި ބުނިހާ ގޮތެއް ހަދައިގެން ހުރިއްޔާ ކިލަމިަލއެއް ނެތް ޖަވާހިރެވެވެ.

އެކަމަކު ބުނަން ހެއްޔެވެ. ފެށުނީއްސުރެ އިއްޔެއާ ޖެހެންދެން އެމްޑީޕީގެ އެންމެހައި މެމްބަރުން އެހީ ތިބާގެ އަޑެވެ. ކޮންމެ ކަމެއްގައި ތިބާގެ ބަހަކީ އެންމެ ފަހުބަސް ކަމުގައި އެއުރެން ނިންމީ ފަހުން ލިބިދާނެ ގެއްލުމަކާ ދެރަޔަކާ މެދުވެސް ވިސްނާލުމެއް ނެތިއެވެ. މަގުމައްޗަށް ނުކުންނަން ހަމަ ގޮވާލާއިރަށް ލިޔާން އިން ގަލަމުގެ ދޯރިވެސް ނުޖަހައި، ފިޔާ ކޮށާން ގެންގުޅުނު ވަޅި ވެސް ދޮވެނުލައި އެއުރެން ނުކުމެ ފުލުހުން ނުލާހިކު " ލޯބިން " އެޖެހިހައި މިރުސް ދުން ތަކުން މީހާ ޖަހަރާވެ ގޮހޮރުގެ ފިތާއެކު ހޮޑަށް ލެވޭއިރު ވެސް ތިބާގެ ބަހަކާއި ނުލައި ގެދޮރަށް ނުވަދެ އަނބި ދަރީންނާއި ފިރީން ނުދެކި ގަނަތެޅުނު މީހުންގެ އަދަދު ހޮދު ތިބާޔަށް ވެސް ނޭގޭނެއެވެ.

ތެދެކެވެ. ސަމާލުކަން ހޯދަން ތިބާ ކުޅުނުހާ ޗަރުކޭސް ބަލާ އަތްޖެހީމުއެވެ. އެހެން ސިޔާސީ ބޮހުން ހަދާހެން ނުހަދާ ވާހާލެއްގައި ވީކަމަށް ދެއްކީމުއެވެ. ފައިވާން އަތަށް ނަގައިގެން މަޖީދީ މަގުގައި އެކަނި ދުވިއެވެ. ފުލުހުންގެ އުރުގައި ކޯޓަށް ދިޔައެވެ. ފަރެސް މާތޮޑާގައި ފިލާ ބޮނދާ އޮތެވެ. ޖުމްހޫރީ މައިދާނުގައި ބިމުގައި ފުލުންލައްވާ ދެންމުވީމުއެވެ. ކޮޓު ދޮރުމައްޗައް ވެއްޓި ބަކަތެޅިއެވެ. އިންޑިއާ އެންބަސީއަށް ވަދެ ފިލީމުއެވެ. މިފަދަ ކޮންމެ ސްޓަންޓަކުން ފަލަސުރުހީ ހަދައިގެން މަސްހޫރުވީ އަމިއްލަ އާރާ ބާރު ހޯދަންކަން މިއެނގެނީ އަދި ކިރިޔަތާއެވެ.

ކޮންމެ ފަހަރަކު ހިފާ ހައްޔަރު ކުރީމައި ދެން ތެޅޭހައި ތެޅުމެއް ތެޅުނީ އެއުރެންނެވެ. އާންއެކެވެ. ތިބާޔަށް ދުނިޔޭގެ ތާއީދު ލިބުނީ ތިބާގެ މޮޅުކަމަކުންނެއް ނޫނެވެ. އެކަން އެހެންވީ ތިބާގެ ހައްގުގައި އެންމެން ނުކުމެ ކުރި މަސައްކަތުންނެވެ. އެތައް ހާސް ބައެއްގެ މަންޒަރުތައް ލައިވްކޮށް ދަށްކައިގެންނެވެ. އެކަމަކު މިއަދު ތިބާ އެކަމެއް ވެސް ހަނދާނެއް ނެތެވެ. ކަލަގޮވައި ތިބާގެ ފޮޓޯގަނޑަކުން ނޫނީ އެއުރެންނަށް ފަސޭހައިން ބޮޑުކަމު ވެސް ނުދެވޭނެ ކަމުގައި ތިޔަހަރަ ގޮވާ ނަގަނީއެވެ.

ކޮއެފުޅާއެވެ. ނިކަން ވިސްނާލަ ބަލާށެވެ. ތިބާޔަށް ހޯދައިދިން ތާއީދުގެ ބޭނުންކޮށް ކަރަކަރައިގައި އިއްޒަތުގައި ތިބާ އުޅުނެއް ކަމަކު އެހެން އެކަންކޮށްދިން އެންމެން ތެޅުނީ ހާދަހާވާ ގަނައެކެވެ. ލިބުނީ ހާދަހާ އަނިޔާއެކެވެ. އެކަން ވެސް ކުޑަމިނުން މިއަދު ތިބާގެ ހަނދާނުގައި ނެތީތާއެވެ. މިއަދު ތިބާ ބުނިހައި ގޮތެއް ނުހަދާތީވެ ދިމާލަށް ތިޔަ ގޮވާ ފަތިވަރު ނިކަން ދެކިބަލާށެވެ. ފާޑުފާޑުގެ ނަންނަމުގައި ސޯސަލްމީޑިއާގައި އެކައުންޓު ހަދައިގެން ނުގޮވާކަށް އެއްޗެއް ނެތެވެ. މިއަދު ޕާޓީގެ އާއްމު މެންބަރުންނަށް ވުރެ ގޯތި މަންޖެއާއި ފައިނު ވައްޑޭ ތިބާއަށް ހަމަމާކަމު ހިނގައްޖެއެވެ. އެ މީހުންގެ ސަބަބުން ތިބާގެ މުޅިއަބުރު ކަތިލެވި މީގޮނަކުން ވެއްޓުނު ކެހެރިޔަކަށް ކުރާ ގަދަރު ވެސް މިހާރަކު ތިބާޔަކަށް އެއުރެން ނުކުރެއެވެ.

ކީއްވެކަން އަމިއްލަޔަށް ބުނަން ނޭގެންޏާ ބުނެދެމެވެ. ތިބާޔަށް ލިބިފައިއޮތީ މާކަނުލަފާ ދުލެކެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގެއެވެ. ގޮވޭ ނުގޮވޭ އެއްޗެއް އަމުދުން ނޭނގެއެވެ. އަމިއްލަޔަށް ތިމަންނަޔަކީ ރާބޯމީހެކޭ ވެސް ބުނީ އެހައްދުވަހު ނޫންހެއްޔެވެ؟ ވެރިކަމުގައި ހުރިއިރު ވެސް ގޮވީކޮހެވެ. އެންމެ ފަހުން ކޮސް ގޮވަމުން ގޮވަމުން ގޮސް ބަޔަކު ނުކުމެ ކަންފަތުގައި ހިފާ ހޫރުވާލީއެވެ. އެ ދުވަހުން ފެށިގެންވެސް އެއުރެން ހަމަ ތިބާޔަށް ޓަކައި ގުރުބާން ވުމުގައި ދެމިތިބީއެވެ. ނަމަވެސް މިއަދު ތިބާގެ ވާންޗޯކަން އެންމެނަށް އެގިއްޖެއެވެ. އަމިއްލ އެދުމާހުރެ ތިޔަހެރީ ކަރުތާފެނަށް އެރިއެވެ. މިއަދު ތިބާޔަށް އެންމެ ހޭހަންކުޅަ މީހުންނާ ދިމާލަށް ތިޔަ ގޮވަނީ ވަގަށެވެ. ލަދުހަޔާތް ކޮބައި ހެއްޔެވެ؟

]]>
Sat, 31 Dec 2022 16:46:58 +0500 ހީރަސް
މުލުވަގު ދޫކުރުވަން ވަގުން ނިކުތުން https://heerasnews.com/849 https://heerasnews.com/849 އެމީހުން ބުނެތެވެ. ކެޔަސް ހެޔޮތާއޭ ބްރިޖު އެ އޮތީ އަޅާފައެވެ. ހުޅުމާލެ ދެ ވަނަ ފޭސް ހިއްކާ ޓަވަރުތައް އަޅައިފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލް އެހުރީ އަޅާފައެވެ. އާނއެކެވެ. ދަރަންޏަށް ބިޔަ ބޮޑެތި ކަންކަން ކޮށްފައި ދައުލަތުގެ މިލްކިއްޔާތު ދިރުވާލިޔަސް ހެޔޮތާއެވެ. ބައެއްގެ ބުއްދި މިހާ ވަރަށް ފަސްވީމާ ވައްކަމަކީ ސަޅި ކަމަކަށް ވެއްޖެއެވެ. ކެރޭމީހާ އަތުޖެހުނު ގޮތަކަށް ކައި ފުރާލަން ވީއެވެ.

މި ހުރިހާ ދުވަހު ކިޔަމުން އައީ ޔާމީނު ކޭ ވާހަކަ ދައްކަނީ ކަމަށެވެ. ސާބިތު ނުވާތީ ކޭ ކަމަކަށް ނުވާނެއެވެ. ސާބިތުވެފައި ނެތުމަކީ ނުކުރުން ތާއެވެ. އެހެން އުޅެނިކޮށް ވޮޑުމުލާ މައްސަލަ ސާބިތުވެ ހުކުންކޮށް ޖަލަށް ލާފައި ހުއްޓާ ދެ އަކުރުގެ އޮޅުވާލުމަކުން ހުރިހާ ހެކި ނަފީވެ މިނިވަން ކުރީ އެ މައްސަލަ އަލުން ބެލެން އޮތް ކަމަށް ކަނޑައަޅާފައެވެ. ވޮޑުމުލާ މައްސަލަ ނިމުނު ގޮތަކަށް ނިމުނު އިރު އިތުރު އެހެން މައްސަލަތައް ޔާމީނާ ދެކޮޅަށް ދައުވާކޮށް ކުރިއަށް ގޮސްގޮސް އޮތެވެ.

މިއޮތް ސަރުކާރު ފޭލިކޮށް ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަން އުފެއްދުމުގެ ބޭނުމުގައި ޕީޕީއެމުން ވެސް އަޑު ހަރުކޮށް ގޮވަމުން އައީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ނުބެލޭ ވާހަކައެވެ. ގެއްލުނު ފައިސާ ދައުލަތަށް ނުހޯދޭ ވާހަކައެވެ. ޔާމީނުވެސް އަނގަފުރާ އެތައް ފަހަރަކު އެ ވާހަކަ ދެއްކިއެވެ. ކައި ފުރާލައިގެން ހުރެއެވެ. ކޯޓުގައި މައްސަލަތައް އޮވެމެ ރިޔާސީ ޓިކެޓް ފެލައިލައިގެން ޔާމީނު ހުރީ މިދުވަސް ގެންނަން ވެގެނެވެ.

ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ތަކުން ޔޫސުފް ނައީމަށް ވ. އާރަށް ދިން މައްސަލާގައި އަނެއްކާ ވެސް ޔާމީނު ރިޝްވަތު ނަގިކަމާއި މަނީލޯންޑް ކުރިކަން ކޯޓަށް ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިޔަން ޑޮލަރުން ޖުރުމަނާ ކޮށްފިއެވެ. 

ދެނަކާ ދެނެއްނެތެވެ. ކޯޓު ހުކުމް ހަރާން ވެއްޖެއެވެ. ވައްކަން ހަލާލު ވެއްޖެއެވެ. މުލުވަގު ދޫކޮށްލަން ވެއްޖެއެވެ. މުލުވަގު ޖަލުން ނެރެން ވަގުން ނިކުމެއްޖެއެވެ. ވައްކަންކޮށް ދައުލަތް ދަވާލުން ޔާމީނު ކުރުމުން ޕީޕީއެމަށް ހަލާލު ވެއްޖެއެވެ. ދައުލަތް ދަވާލުމަކީ ރިޝްވަތު ނެގުމަކީ ފައިސާ ދޮވުމަކީ ޕީޕީއެމަށް ވަރަށް ބޮޑަށް ހަލާލު ކަމެއްކަން އެނގިގެން ހިގައްޖެއެވެ. 

ޕީޕީއެމަށް ހުކުން ހަރާމަސް ދިވެހި ގިނަ ރައްޔިތުންނަށް ހުކުން ހަލާލެވެ. ޔާމީނު ދޫކޮށްލަން ބޭނުންވާ މީހުނަށް ވުރެ ގިނައީ ޔާމީނު ބަންދު ކުރަން ބޭނުން ވާ މީހުނެވެ. ހަމަ ތެދެކެވެ. މުލުވަގު ދޫކުރުވަން ވަގުން ނިކުތުމަކީ ސިހެގެން ވެއްޓޭ ވަރުކަމެއް ނޫނެވެ.

]]>
Fri, 30 Dec 2022 19:57:20 +0500 ހީރަސް
ޔާމީނާ ދެކޮޅަށް ޕިޕީއެމް އާއި ޕީއެންސީ https://heerasnews.com/839 https://heerasnews.com/839 ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކަށް ފާޑުކިއުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ރައީސް ޔާމީނު އެ މަނިކުފާނުގެ ވެރިކަމުގައި ވިދާޅުވިއެވެ. " މުޖުތަމައަކަށް ލިބިގެން ނުވޭ ރާއްޖޭގެ ފަނޑިޔާރުގެއަށް ފާޑުކިއުމުގެ ހައްގެއް. ގާނޫނު އަސާސީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކުރަނީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ނިންމާ ކަމެއް ނިންމީމާ، އެއީ ދިވެހި ހުރިހާ ރައްޔިތުން ކިޔަމަންތެރިވެ، އެއަށް ބޯލެނބުން ލާޒިމް ކުރާ ކަމެއްގެ ގޮތުގައި،" ރައީސް ޔާމީނު ވިދާޅުވެފައި ވެއެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޝަރީއަތުން ނިންމާ ކަމެއް ރައީސްއާ ހަމައަށް އަންނަން ނުޖެހޭ ކަމަށާއި ކުށުން ބަރީއަވާން ތިން މަރުހަލާ އޮންނައިރު، އެކަން ނުވުމަކީ ރައީސާ ހަމައަށް އަންނަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނު ވިދާޅުވި ވިދާޅުވުމާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީން މިހާރަކު މި އުޅެނީ ކޮން ފާޑަކަށް ހެއްޔެވެ. ރައީސް ޔާމީނެއް ކަމަކު ހުންނަވާނީ ގާނޫނުގެ މަތީގައި ނޫންކަން ރައީސް ޔާމީނު ވަނީ ވަރަށް ރަނގަޅަށް ވިދާޅުވެ ދެއްވާފައެވެ. " ސަރުކާރުން ކޮންމެ ކަމެއް ކުރާނީ ވެސް، ގާނޫނީ ހުކޫމަތުގެ ތެރެއިން" ކަމަށް ރައީސް ޔާމީނު ވިދާޅުވެފައި ވަނީ ސަމާސާ އަކަށް ނޫނެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި " ސަރުކާރުން މީހުން ހިފާ ހައްޔަރެއް ނުކުރާނެ. ސަރުކާރުން ކުރާ ކަމެއް ކުރަނީ ބައަކު، ބައެއްގެ ހައްގުތަކަށް އަރައިގަތީމާ އެކަމާ ގުޅިގެން، މުޅި ރައްޔިތުންގެ މަސްލަހަތަށް" ޓަކައެވެ.

ތެދު ފުޅެކެވެ. ރައީސް ޔާމީނުގެ މައްޗަށް ޖަލު ހުކުމް ތަންފީޒު ކުރަން ޖެހުނީ ރައީސް ޔާމީނު ރައްޔިތުންގެ ހައްގަށް އަރައިގަނެ ރިޝްވަތުނަގާ މަނީލޯންޑަރ ކުރިކަން ޝަރީއަތަށް ސާބިތުވީމައެވެ. ޔާމީނު ވިދާޅުވިހެން ސަރުކާރުން ކުރި ކަމެއް ކުރީ ރައީސް ޔާމީނު، ބައެއްގެ ހައްގު ތަކަށް އަރައިގަތީމާ އެކަމާ ގުޅިގެން، މުޅި ރައްޔިތުންގެ މަސްލަހަތަށް ޓަކައެވެ. ދެން އޮންނާނީ ހުރިހާ މަރުހަލައިގެ ކޯޓުތަކުން ނިމެންދެން ކެއްތެރިވެގެން ތިބުމެވެ.

ރައީސް ޔާމީނު ވިދާޅުވިހެން ރާއްޖޭގެ ފަނޑިޔާރުގެއަށް ފާޑު ކިއުމުގެ ހައްގެއް މުޖުތަމައަކަށް ލިބިގެން ނުވެއެވެ. އެ މަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ ލާޒިމް ކުރަނީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ނިންމާ ކަމެއް ނިންމީމާ، އެއީ ދިވެހި ހުރިހާ ރައްޔިތުން ކިޔަމަންތެރިވެ، އެއަށް ބޯލެނބުމަށެވެ. މުޒާހަރާކޮށް ސުލްހަ މަސްލަހަތު ނަގާލާކަށް ނޫނެވެ. ޖަމާއަތުގެ މަސްލަހަތު ނަގާލުމުން އެކަން ކުރާ ބަޔަކު ހައްޔަރު ކުރާނެއެވެ. ރައީސް ޔާމީނު ވެސް ވިދާޅުވެފައިވާ ގޮތުގައި މުޒާހަރާއެއް ކޮށްގެން މީހަކު ހައްޔަރު ކުރިއަސް އެކަން ކުރަނީ ރައީސް އޮފީހުން އަންގައިގެނެއް ނޫނެވެ.

]]>
Wed, 28 Dec 2022 13:15:11 +0500 ހީރަސް
ޝަހީމް ޒުވާނުންނަށް ގޮވާލަނީ ދެކޮޅުވެރިކަމާ ޓެރެރިޒަމަށް؟ https://heerasnews.com/828 https://heerasnews.com/828 އީސްޓަރސަންޑޭގައި މުޅި ލަންކާގައި ބޮންގޮއްވާ މީހުން މެރި މީހުން ތިބި ގޮތަށް 23 އިއްތިހާދުގައި ލޮނުޒިޔާރަތް ކޮޅަށް އެއްކުރުވި މީހުން ވެސް އެއް އިނގިލި ދިއްކޮށްގެން ދީނުގެ ނަމުގަައި މޮޔަހެއްދި ވެބޫ ހުއްތު އަނެއްކާ ތިޔަ ގޮވަނީ މީސް މީހުންނާ ދެކޮޅަށް ނުކުންނާށެވެ.

ޝަހީމް ބުނެބަލާށެވެ. ނުކުންނަންވީ ޒުވާނުންނޭ ތިޔަ ބުނަނީ އެއީ އެހެން ބަޔަކަށް ކޯޑެއް އަޅަނީ ހެއްޔެވެ! ތިޔަ ގޮތަށް ރުޅިވެރި ކަމާއި ނަފްރަތުން މުޖުތަމައު ހަލާކު ކުރަން ނުކުމެ ތިޔަ ހުރީ ގޮތްނޭގޭ އެތައް މިލިއަން ރުފިޔާއެއް އެކައުންޓަށް އަޅައިގެން އެކަމުގައި އަދު ނޫން މާދަން ވެފައިހުރި މީހެއްގެ ފަހަތުގައެވެ. ތިޔައީ އިސްލާމް ދީން ކަމަށް ވަންޏާ އައޫޒު ކިޔާ ފުމެލުމަށް ފަހު ޝަހީމާ  ދުރަށް ދުވާ މުސްލިމުން ފިސާރި ގިނަވާނެއެވެ.

ގަސްކަނޑަން އެންމެ ފަސޭހަ ވާނީ ގަސްވެރިޔާ ލައްވައެވެ. އެގޮތަށް އިސްލާމް ދީނާ މެދު ޒުވާނުން ފޫހިކޮށް ދުރުކުރުވާނެ ފަސޭހަ މޮޅު އުކުޅުތައް ހުންނާނެއވެ.

ހިތުހުރި މީހަކު ޖަލަށްލާ އަނިޔާވެރިވެ މުޅި ގައުމުގައި ބިރުވެރިކަން ފެތުރި، މީހުން ގެއްލި، ބޯބުރިކޮށް، ކަނޑު ފައްތާ، މަޖިލިސް ތަޅުމަށް ސިފައިން ވައްދާ، ފަނޑިޔާރުން ބަނޑު ބިންމަތީ ޖެއްސި މީހަކު ޝަހީމް ދަންނަން ހެއްޔެވެ. ނުވިތާކަށް ތިޖޫރީ ކަހާލާ، އެކައުންޓް ފުރާލާ އެއިން ސަލާމަތް ނުވެގެން އުޅޭ މީހަކާ ބޮޑު ވައްކަމެއްގެ ވާހަަކަ އަޑު އެހިން ހެއްޔެވެ؟

އިސްލާމް ދީނާ އެ ދީނުގެ މާތްކަމާ މަތިވެރިކަމާ އިލްމުވެރިކަން އޮތީ އެފަދަ ބޮޑެތި ވައްކަމާ ހިޔާނާތުގެ ފަހަތުގައި ކަން ތިޔަހާ ފާޅުކަން ބޮޑުކޮށް ތިޔަ ދައްކަނީ ދީނީ  އިލްމުވެރިއެއް ވީމާ ހެއްޔެވެ. އެހެން ވިއްޔާ ތިޔައީ ގަސްވެރިޔާއެވެ. ގަސްވެރިޔާ ލައްވާ ގަސްކަނޑަން ފަސޭހަ ވާނެއެވެ. ޝަހީމްމެންގެ ދީންވެރިކަން ތިޔަ އޮންނަނީ އަނބުރާ ހޭރިޔާކޮށްފައި ސުވަރުގެ ދާން ޝޭހު އާދަން ސައީދުގެ ގިފިލި ބެލުމާ އެއްގޮތަށެވެ.

އެއްކޮޅުން މީހަކު އެހުރެގެން ގޮވާ ނަގަނީ އެމްބަސީއެއްގައި ހުޅުޖަހާށެވެ. ޝަހީމް ޒުވާނުނަށް ތިޔަ ގޮވާލަނީ ނަފުރަތާ ދެކޮޅުވެރިކަމުގައި ނިކުމެ ހުޅުޖަހާ ބޮންގޮއްވާ ޓެރެރިޒަމްގެ ހާއްޔަކަށް މިތަން ހަދަންހެއްޔެވެ.

]]>
Sat, 24 Dec 2022 16:45:49 +0500 ހީރަސް
ޔާމީނަށް ބޮޑު ހިޔާނާތުން ޒައްރެއް ވެސް ނުލިބޭ! https://heerasnews.com/826 https://heerasnews.com/826 އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުވައިގެން ރައީސް ސާލިހަށް ނިސްބަތްކޮށް ހިތުން މޮޅު ވާހަކައެއް ޔާމީނު ބުނެފިއެވެ. އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ރައީސް ސާލިހު ހުންނެވިއިރު އެ ފައިސާ ރައީސް ސާލިހަށް ލިބި ވަޑައި ނުގެން އޮވެ ދާނެކަމަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލު ނުކުރާނެ ކަމަށް ޔާމީނު ބުނީމާ އަންނަނީ ހިންޏެވެ.

ވެރިކަމުގައި އޭރު އޮތީ ޕީޕީއެމެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ޔާމީނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގާފައި އޮތީ ޔާމީނުގެ އާރާބާރުގައި ޔާމީނުގެ ވެރިކަމުގައެވެ. އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރަށް އެ ހިޔާނާތުން ބައެއް ލިބުނު ކަމަށް ގަބޫލު ކުރަންޏާ  އެ ބޮޑު ހިޔާނާތުން ރައީސް ޔާމީނަށް ބައިނާޅާނެ ކަމަށް ސަލާމަތް ބުއްދި ހުރި މީހަކަށް ގަބޫލު ނުކުރެވެންވީ ގޮތެއް ކިޔާދީ ބަލާށެވެ.

ޔަގީނުން ވެސް އެނގޭ ކަމަކީ އޭރު ވެރިކަމުގައި އޮތީ އެމްޑީޕީ ނޫން ކަމެވެ. އެމްއެމްޕީއާރުސީ ކީއްކުރަން ހެއްޔެވެ. އެހެން ތަނެއްގެ ވެސް އެއްވެސް ބާރުވެރިކަމެއް އޭރަކު އެމްޑީޕީއަކަށް ނެތެވެ. ހޮދު ރައްޔިތުންގެ މަޖިލިސް ވެސް އޮތީ ޔާމީނުގެ މުށު ތެރޭގައެވެ. މުޅި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބެން ޖެހޭ ކަމެއްގައި ނޫނީ ޔާމީނަށް މަޖިލިސް ތެރެއިން މަސީހު ލައްވާ ނުކުރުވޭ ކަމެއް ނޯވެއެވެ. އެހެން ކަމުން އެމްޑީޕީ ޕީޖީ ލީޑަރ އޭރު ޔާމީނުމެނަށް މުހިންމެއް ނުވާނެއެވެ. އެހެން ކަމުން އެމްއެމްޕީއާރުސީ ހިޔާނާތުން އެމްޑީޕީ ޕީޖީ ލީޑަރަށް ބައި އަޅަން ޖެހޭ ސަބަބެއް އޮންނަން ޖެހޭ ކަމަކަށް ސަލާމަތް ބުއްދި ގަބޫލެއް ނުކުރެވެއެވެ.

އެހެން ނޫނަސް ޔާމީނު ބުނާ ގޮތުން އޭނާގެ ވެރިކަމުގައި އެއްވެސް ހިޔާނާތެއް ވެފައި އޮތީ އެއްނޫނެވެ. ރަށްރަށާއި ފަޅުތަކާއި ފަރުތަކާއި ގިރިތައް ޓޫރިޒަމްގެ ބޭނުމަށް ދޫކުރީ ކޮރަޕްޝަނެއް ފަސާދައެއް ނެތި ނުލާހިކު އިންސާފުންނެވެ. ޔާމީނުގެ ނައިބަކަށް ހުރި ޖަމީލު ވަކިކޮށް އެ މަގާމަށް އަދީބު ގެނައުމުގައި ޔާމީނުގެ އެއްވެސް ދައުރެއް ނެތެވެ. އަމްދުން ހިޔާނަތެއްގެ ޒައްރެއް ވެސް އެކަމުގައި އޮތީއެއް ނޫނެވެ. ވެރިކަމުގެ އާރަބަރުގައި ހުއްޓާ ދައުލަތުން ބަޔަކު ބިލިޔަން ބިލިޔަނުން ހިޔާނާތްތެރި ވީކަން ޔާމީނަށް ނޭގެއެވެ. ހިޔާނަތުގެ ސެންޓެއްގެ މިންވަރު ވެސް ޔާމީނަށް ނުލިބެއެވެ. އެކަމަކު އިދިކޮޅު ޕީޖީ ލީޑަރަށް އެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން އެގޭނެކަން ރައީސް ޔާމީނަށް އެނގެއެވެ. އެހެންކަމުން މުޅި ހިޔާނާތަކީ އަލިފުން ޔާއަށް ޔާމީނު ހިންގިކަމެއް ކަމާމެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ.

މަހަކު ދެ ލައްކައެއްހާ ރުފިޔާ މުސާރަޔާއި އިނާޔަތަށް ނުލިބޭ ރައީސުލްޖުމްހޫރިއްޔާ ކަމެއްގައި ހުރި ޔާމީނުގެ އަމިއްލަ އެކައުންޓަށް މިލިއަނުން ޑޮލަރު ވަދެ ނިކުތުމަކީ މާބޮޑު ކަމަކަށް ހަދައިގެން އުޅޭ ވަރު ކަމެއް ހެއްޔެވެ. ހަމަގައިމު ވެސް އިދިކޮޅު އެމްޑީޕީ ޕީޖީ ލީޑަރަށް އެމްއެމްޕީއާރުސީ ހިޔާނާތުން ބައި އެޅުނު ކަމަށް ގަބޫލުކޮށް އޭރުގެ ރައީސް ޔާމީނަށް ބޮޑު ހިޔާނާތުން ޒައްރެއް ވެސް ނުލިބޭނެ ކަމަށް ގަބޫލު ކުރާނީ ވާތު ސިކުނޑިއަކުން އެކަންޏެވެ.

]]>
Sat, 24 Dec 2022 11:52:41 +0500 ހީރަސް
މުއިއްޒު ސަރުކާރު: ޖެހޭނީ އުނބަށް ޖަހަން https://heerasnews.com/823 https://heerasnews.com/823

ކިރިޔާވެސް ކަމެއް ލިބުމުން މީސް މީހުނަށް މިތިބަ ވާގޮތެކެވެ. މާލޭ ސިޓީ ކައުންސިލުގެ މޭޔަރ މުއިއްޒަށް ހީވެގެން މި އުޅެނީ ގާނޫނަކާ ނުލާ ރާއްޖޭގެ ވެރިކަން ލިބިގެން އުޅޭހެނެވެ. އާއްމު އަސާސީ ހައްގަށް ހުރަސް އަޅަން މާލޭސިޓީ ކައުންސިލަކީ ކޮންތަނެއް ހެއްޔެވެ. ގާނޫނަކުން މަނާ ނުކުރާ ކަމެއް ސިޓީކައުންސިލްގެ އިއުލާނަކުން މަނައެއް ނުކުރެވޭނެއެވެ.

މާލޭގައި އިސްތިހާރު ކުރުމާއި ކެމްޕޭން ކުރުމަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަން ލާޒިމުކޮށް އިއުލާނެއް ކުރުމަކީ މުއިއްޒު ކުރި ގައިރު ގާނޫނީ ކަމެކެވެ. ހުއްދަ ނަގަން ޖެހޭ ކަންކަން ގެޒެޓް ކުރެވިފައިވާ ގާނޫނުތަކާއި ގަވާއިދު ތަކުގައި ހުންނާނެއެވެ. އެނޫން ގޮތަކަށް ކަންކަން ފިއްތާ އޮބި އަޅައިގެން ހައްގުތައް ނަގާލަން ނުހަދާށެވެ.

ކެންޕޭނު ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގެކެވެ. އާއްމު ތަންތާ ޕޯސްޓަރު ބެހެއްޓުމާއި މަގުފާރުގައި އިސްތިހާރު ހަރު ކުރުމަކާ މާލޭ ސިޓީއަކާ ކޮން ވާކަމެއް ހެއްޔެވެ. ކޮންމެ ބަޔަކުވެސް ބިލްބޯޑު ތަކާއި ޕޯސްޓަރތައް ބަހައްޓާ ހަރުކޮށް ހަދަނީ އެ އެއްޗެއް ބަހައްޓާ ނުވަތަ ހަރުކުރާ ތަނެއްގެ ވެރި ފަރާތުގެ ހުއްދަ ލިބިގެންނެވެ. މާލޭގެ މަގުމަތީ ފަރުތަކާއި އިމާރާތް ތަކުގައި ޕޯސްޓަރާއި އިސްތިހާރާއި އެ ނޫން ވެސް މެސެޖުތައް ބެހެއްޓުމަށް ހުއްދަ ހޯދަން ޖެހޭނީ އެ ބަހައްޓާ ތަނެއްގެ ވެރި ފަރާތުންނެވެ. ނޫންނަމަ އެ ތަނެއްގެ ޒިންމާ އޮތް ފަރާތަކުންނެވެ. މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަން ޖެހޭނީ މާލޭ ސިޓީ ކައުންސިލްގެ އިމާރަތްތަކާއި ބިންތަކުގައި ޕޯސްޓަރެއް ނުވަތަ ބިލްބޯޑެއް ފަދަ އެއްޗެއް ބަހައްޓަން ޖެހޭނަމައެވެ. މާލެއަށް ނަން ކިއްޔާ ކިޔާހާ ތަނެއްގައި ކުރާހާ ކަމަކާ މުއިއްޒަކާ ބެހޭ ކަމެއް ނޫނެވެ. މާލެއަކީ މުއިއްޒުގެ މިލްކެއް ނޫނެވެ.

މިހާވަރުން ދަންޏާ މާލޭގެ މަގުމަތީގައި ވަކި އަދަދަކަށް ވުރެ އިތުރަށް ފިޔަވަޅު އަޅައިފިއްޔާ ޖުރުމަނާކޮށް ސިޓީ ކައުންސިލަށް ފައިސާ ނަގަން ފަށާފާނެއެވެ. މުއިއްޒު އަތުން ހުއްދަ ނުނަގާ ހަރުކޮށްފައި ހުންނަ ޕޯސްޓަރަކަށް ބަލައިލިޔަސް ޖުރުމަނާ ކުރާނެއެވެ. މިވަރު މަވެތި ބަޔަކަށް ހެޔޮވަރު ވަރަކަށް ބާރުތައް ނުދީ އޮންނަކަން ނަސީބެވެ.

މަގުމަގާއި އިޖުތިމާއީ ސަރަހައްދުތަކާ ގުޅޭ ކަންކަމުގައި މާލޭ ސިޓީ ކައުންސިލްގެ އަމިއްލަ އުސޫލެއް މާލެއަކަށް ނުހިންގޭނެއެވެ. ސިޓީ ކައުންސިލަކީ ފެޑަރަލް ސަރުކާރެއް ނޫނެވެ. ހާއްސަ ހާލަތްތަކުގައި ނޫނީ މުޅިރާއްޖޭގެ ހުރިހާ ތާކަށް ހިނގާނީ އެއް އުސޫލެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް މުއިއްޒު ތިޔަ ހަދަން އުޅޭ އެއްޗެއް ނުހެދޭނެއެވެ. މުއިއްޒަށް ޖެހޭނީ އުނބަށް ޖަހާށެވެ.

]]>
Thu, 22 Dec 2022 17:30:31 +0500 ހީރަސް
ޖަމީލަކީ ރައީސުންނަށް ޖެހިފައި އޮތް މުސީބާތެއް https://heerasnews.com/820 https://heerasnews.com/820 ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ކޮންމެ ބޭފުޅަކާ ޖައްސާލުމަކީ ޑރ. ޖަމީލުގެ އާދައެވެ. ޖަމީލަކީ ގައުމަށް ޖެހިފައި އޮތް މުސީބާތެކޭ ތަފާތެއް ނެތެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށް ވުރެ ޖަމީލުގެ ކަންތައް ބޮޑެވެ. ޕީއެޗްޑީ ނަގައިގެން ހުރީ ފިތުނަ ފަސާދަ އުފެއްދުމުން ކަހަލައެވެ. އިލްމީ މީހެއްގެ އުޅުމަށް ވުރެ ޖަމީލުގެ އުޅުމާއި ބަސްމަގު ވަކަރުގެ ކުއްޖެކޭ އެއްގޮތެވެ. ސާބިތު ނުހިފޭ ދޮގު ވާހަކަ ދެއްކުމުގައި ލަދެއް ހަޔާތެއް ނެތެވެ. މިނެއް ސުމާރެއް ނެތެވެ. ޖަމީލުގެ ހަމަލަމަ ގެއްލި ސިޔާސީ ގޮތުން މީހާ ރަންޑިވެ އިތުބާރު ގެއްލި ކަނޑުކޮހަކަށްވެ ނިމިއްޖެއެވެ.

އާނއެކެވެ. ޖަމީލަކަށް ރައީސް މައުމޫނު ކަމަކު ނުދިޔައެވެ. ރައީސް މައުމޫނުގެ ކެބިނެޓްގައި ހުރެ އެ މަނިކުފާނަށް ހަރާން ކޯރުވިއެވެ. އެންމެ ބޭނުންވީ ވަގުތު ނިޒާމީ ބަހުސް ތެރެއިން ސްޓޭޖުން ފުންމާލާ ރައީސް މައުމޫނު ވުޖޫދުން ފުހެލުމަށް ނުކުރާ ކަމެއް ނެތެވެ. އޭރު ގިނަ މީހުން ހީކުރީ ޖަމީލު އިސްލާހީ މަސައްކަތުގައި އިހުލާސްތެރި މަސައްކަތް ތަކެއް ކުރާކަމަށެވެ. ވަތަން އެދޭ އިއްތިހާދުގެ ތެރެއިން ޑރ. ހަސަން ސައީދުގެ ބަނޑުވާ ހެދިގެން އުޅުނީ މަ ބޮޑޭ ވާންކަން އެނގެނީ އެއްވެސް ސާބިތުކަމެއް ނެތި ލާހޫރޭތީއެވެ.

ޖަމީލުގެ ނުބައި ނުލަފާ ކަމުން އެންމެ ބޮޑު ކެއްސެއް ދިނީ އަބްދުﷲ ގާޒީއަށެވެ. ޖަސްޓިސް މިނިސްޓަރ ކަމުގައި ހުރިއިރު އަބްދުﷲ ގާޒީއާއި އުފައްދާފައިވާ އަޑިނޭނގޭ ގުޅުމެއްގެ ތެރެއިން ތަހުގީގަށް ޖަމީލު ހައްޔަރު ކުރުމަކީ ރައީސް ނަޝީދުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ފުލުހުން ކުރަމުން އައި ތަހުގީގެއްގެ ބޭނުމަށް ޖަމީލު ހައްޔަރުކޮށް މުއްދަތު މަޖިލީހަށް ގެންދާއިރަށް އަބްދުﷲ ގާޒީ ޖަމީލު ދޫކޮށްލައެވެ. ފުލުފުލުން ތިން ހަތަރު ފަހަރު ޖަމީލު ހައްޔަރު ކުރެވުނަސް ދޫކޮށްލަން ވަނީ މުއްދަތު ޖަހަން ގެންދާ ލަހެކެވެ. މުއްދަތު މަޖިލީހަށް ޖަމީލު ވެއްދުމާ ދޫކޮށްލުން ހިނގަނީ އެކު އެކީގައެވެ. ނަތީޖާއަކަށް ވީ އަބްދުﷲ ގާޒީ އެކަހެރި ކުރުމެވެ.

އަބްދުﷲ ގާޒީ އެކަހެރި ކުރުން ވީ ވެރިކަމަށް ފެން ބޮވައިގެންފައި ތިބި މީހުނަށް މަރެއް ކަހަލަ ކަމަކަށެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަގާވަތަކުން ވައްޓާލުމުގެ ސަބަބު އުފެއްދީ ޖަމީލު ނޫން ދެވަނަ މީހެއް ނޫނެވެ. ޖަމީލުގެ ހަމައިގައި ރައީސް ނަޝީދަށް ވެސް ވެރިކަމުގައި ކުރެއްވުނު ރަނގަޅު އެއްކަމެއް ނެތެވެ. ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ޖަމީލު ނާޅުވާ ވަގު ތުހުމަތެއް ނެތެވެ. ރައީސް ނަޝީދު ދިގު މުއްދަތަށް ޖަލަށްލުމަށް އާއްމު އެއްވުން ތަކުގައި ހުކުން ކުރަމުން ދުވީ ޖަމީލެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓި މިހާ ދުވަސް ވީއިރު ވެސް ޖަމީލު ކުރި އެއްވެސް ތުހުމަތެއް ރައީސް ނަޝީދު މައްޗަށް ޖަމީލަށް ސާބިތުކޮށެއް ނުދެވެއެވެ.

ޑރ. ވަހީދުގެ ބާގީ ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުރެ ފުލުހުން މެދުވެރިކޮށް ސިޔާސީ ހަސަދަވެރިންގެ ކިބައިން ބަދަލު ހިފަން ކުރިހާ ކަންކަމުން ހޯރަ އިއްބެ ފްރޭމް ކުރުން ނޫން ކަމެއް ޖަމީލަކަށް ކަމިޔާބެއް ނުކުރެވުނެވެ. ޑރ. އަފްރާޝީމްގެ ގަތުލުގެ ހަގީގަތް ފޮރުވުމަށް ފުލުހުން ލައްވާ ކުށުގެވެށި ކޮލޮރިންއާއި ޑިޓޯލުން ދޮވެ ސާފުކޮށް ޕޯސްޓު މޯޓަމް ނުހަދާ ވަޅުލާ ހެކި ނައްތާލުމަކީ ޖަމީލު ކުރުވި އެންމެ ޖައްބާރު އެއް ކަންތަކެވެ.

ރައީސް ޔާމީނުގެ އުނގަށް ވެއްޓިގަނެގެން ނައިބު ރައީސްކަން ހޯދާ ބަގާވާތަކުން ވެރިކަން ފެލައިލަން އުޅުނު އުޅުން ނާކާމިޔާބުކޮށް ބޭރުކޮށްލުމުން ރައީސް ޔާމީނަށްވުރެ ނުބައި ނުލަފާ އަނިޔާވެރި އަކު ޖަމީލަކަށް ނެތެވެ. ރައީސް ޔާމީނަކީ މާ ސިންގާ ބޮޑު ވަގަކަށްވެ ޖަލު ނޫން ތަނެއް ހައްގު ނޫން ކަމަށް އެންމެ ގިނައިން ގޮވި ދިވެއްސަކީ ޖަމީލެވެ. ކައިރި މާޒީގެ ނޫސްތަކާއި ޓްވިޓަރއާއި ސޯޝަލް މީޑިއާއިން ހެކި އެ ހުރީ ފެންނާށެވެ. އޭރު ޖަމީލަށް ރައީސް ޔާމީނަކީ ވަގުބުޅަލެކެވެ. ވެރިކަމަށް ކުފޫ ހަމަނުވާ ޝަރުތު ގެއްލިފައިވާ ބޮޑު ވަގެކެވެ. ޑިކްޓޭޓަރެކެވެ. ހާއިނެކެވެ.

ޖަމީލު ކީހާޅެން ފަރިއްސަށްވެ ކުރިން ބުނިއެތި ކެންސަލްކޮށް ޔާމީނުގެ ދިފާއުގައި އެހުރީ ބުޑު ފެންނަ ވަރަށް އެއް ރޮއްޖަށް ފޫގަޅައިގެނެވެ. މިހާރު ޖަމީލަށް ވަގު ބަދަލު ވެއްޖެއެވެ. މިއަދު ވިއްދާލާފައި އެހުރީ ރައީސް ސާލިހާއެވެ. ރައީސް ސާލިހުގެ އިސްތަށިފުޅުގައި ނަޅުވާ ތުހުމަތެއް ޖަމީލުގެ ނެތެވެ. ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާހާ ބޭފުޅުން މަގާމުގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ރެކޯޑެއް ވަކި އެކަކަށް އޮތްނަމަ އެ މީހަކީ ޖަމީލެވެ. ފިތުނަ ފަސާދަ އުފެއްދުމުގައި ޖަމީލު އެހުރީ ކުންނުގައެވެ. ދައުލަތާ އިދިކޮޅު ހަރަކާތް ހިންގުމާ ގާނޫނުލް އުގޫބާތުގައި އޮތްނަމަ އޮތް ފިތުނަ ފަސާދައާއި އަބުރު ނަގާލުމުގެ ކުށެއް ޖަމީލުގެ މައްޗަށް ސާބިތު ވާނެއެވެ.

]]>
Wed, 21 Dec 2022 13:20:40 +0500 ހީރަސް
ޓްވީޓަކުން ކޮށި އަރުވާލެވޭ ވަރަށްވުރެ އިބޫ މާގަދަ! https://heerasnews.com/803 https://heerasnews.com/803 ތިމާއަކީ މީހެއް ނޫން ކަމަށްވެ ބަޔަކު ބަލައި ނުގަނެ ބާކީ ވީމާ ސަމާލުކަން ހޯދަން ޒާތްޒާތަށް މީހުން އުޅެއެވެ. ހަ އަނގަ ޖަމީލު ބާކީވެ ބޮލުރޮދި ކަންޑިގެން އެނބުރޭ ގުޑިއެއްހެން އެނބުރެ އެނބުރެ ބައިންގަނޑު ކެޑިއްޖެއެވެ. މީހަކު ކަހާތަން ހިރުވާ ވެސް ނުލައެވެ. ކުޑަ އިރުއްސުރެ ނެތް ވަރު ދައްކާ ދަންނަކަން ބުނަމުން އަމިއްލަ ސަހުސިއްޔަތު ބިނާ ނުކުރެވި މީހެއްގެ ތައްޕާހުގައި ނޫނީ ހިރެ ނުލެވޭ ބޯގޯހަކަށް ވުމަކީ އެހެން ބައެއްގެ ކުށެއް ނޫނެވެ.

ބިޔަހެން ހީވާ ބޮޑެތި މަސްމަހުގެ ބަނޑުދަށަށް ވަދެ ތަތް ކޮށްލައިގެން އައްޓަމަސް އިންނަ ކަމެއް ބޮޑު މަހަކަށް ނޭގޭނެއެވެ. ކިތަންމެ ވަރަކަށް އައްޓަ މަހެއް ފޮނު އެރުވިޔަސް ބޮޑު މަހަށް ކުޑަވެސް އަސަރެއް ނުކުރެއެވެ. މަސް އޮތް ލޮނު ގަނޑުން ބޮތްކެއްހާ ހިސާބު ވެސް ފާޅެއް ނުވެއެވެ. ހަ އަނގަ ޖަމީލެކޭ އައްޓަ މަހެކޭ ތަފާތެއް ނެތެވެ. އިންސާފުގެ ގޮނޑީގައި އިނދެ މަހުޖަނެއްގެ ތަރިކަ މުދާގަޑުން ހައްގުނޫން ބަޔަކަށް މުދާ ގަނޑެއް ދަމައިގެން ދީގެން އަންހެނަކާ ފޭކް ޕީއެޗްޑީއެއް ހޯދުން ނޫން ކަމެއް ހަޔާތުގައި ކުރެވުނީއެއް ނޫނެވެ.  

އިލްމުގެ އަހުލެއް ކަމަށް ދެއްކެން ނަމުގެ ކުރީގައި ޑރ ޖަހައިގެން އުޅުނެއް ކަމަކު ހަ އަނގަ ޖަމީލު އަރުވާ ފޮނު ބަލާ މީހަކު މިހާރަކު ނޫޅެއެވެ. ފަތަފޮޅި ދަށުލީ ފަތްގަޑަށް ވާވަރުވެސް އެންމެ ފަހަރަކު ވެސް ޖަމީލަކަށް ވަނީއެއް ނޫނެވެ. މައުމޫނު އަރިހުގައި ދަންނަ ފަގުޑި ބޮލު އަޅައިގެން ތެޅިތެޅި ބަލިވީ އިރުވެސް ވީކަމެއް ހަރާމުން ހަރާމެވެ. ހަދައިގެން އުޅުނު ނިއުމޯލްޑިވްސް އޮޅާލާފައި ޖަހަން ޖެހުނީ ޒާތެއްގެ ތަނަކަށެވެ.

ލަހެއް ނުވެ ފެނުނީ ޑރ. ހަސަން ސައީދުގެ ބަނޑު ދަށުންނެވެ. ހެދި ޕާޓީގަނޑު އުވިގޮސް އެކުވެރިކަން ކެނޑި ދިޔައީ ޝަރީއަތުންނެވެ. ގާސިމުގެ ބަނޑުވަލަށް ވެގެން އުޅުނީ ކިތަކަށް ފަހަރު ކަމެއް ހޮދު ތިމާއަށް ނޭގޭނެއެވެ. ޔާމީނުގެ ބައިންގަނޑުގައި އެލިގަނެގެން ކުރިން އުޅުނު އިރު ހިވީ މަވަރެއް ނެތް ހެނެވެ.

ޔާމީނު އެ ފަހަރު ހެދީ ރަނގަޅަށެވެ. ހިސާބަށްވުރެ ފާޓުފުޅާވެ ވައްވައް ޖަހަން ފެށުމުން ރީތި ގޮތަކަށް ދޮޅި އަޅާލީމާ އަންނިގެ އުގަށް ވެއްޓިގަނެގެން ވެސް ފޭބީ ހުޅުބެވެ. އަނެއްކާ ޔާމީނަށް ހެޔޮ އެދި ގަނެގެން ޔާމީނުގެ ތެއްފޭލި އުފުލަން އުޅުނަކަސް ކަހަރު ވަކެކޭ ވެސް އެއްވެސް މީހަކަށް ހިޔެއް ނުވެއެވެ.

މަޝްހޫރުކަން ހޯދަން ދޮގު މައްޗަށް ދޮގު ހަދަމުން ބޮޑެތިހާ ގަސް ގަހަށް އުކާ ގަޅިގަނޑު އައިސް ޖެހެނީ އަމިއްލަ ބޮލުގައިކަން ޖަމީލަކަށް ނޭނގެއެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަނި ހެދިގެން ކުރާ ޓްވީޓަކުން ކޮށި އަރުވާލެވޭ ވަރަށް ވުރެ އިބޫ މާ ގަދައެވެ. ދޭނެ މީހަކު ނެތަސް އެއް ސަރުކާރަކުން ވެސް ރޮދިކެޑި އަވާރާ ވެގެން ފޮނު އަރުވާ ޖަމީލަށް ދޭނެ މަގާމެއް ދެން ނެތެވެ.

]]>
Thu, 15 Dec 2022 17:37:56 +0500 ހީރަސް
ޔާމީނުގެ ސުންޕާކަން ލައިގަތީ މޮރޮކޯއަށް https://heerasnews.com/802 https://heerasnews.com/802 ރޭވެއަލި ވިލުނުއިރު އަތޮޅެއް ވިއްކާލާ ޑޮލަރު ބޮޑި ޕަކަޅާ ކޮށްލަން ހިތުލައިގެން ގުޅުން ކަނޑާލި އަރަބި އިސްލާމީ ގަތަރުގައި ބާއްވާ ވޯލްޑްކަޕަށް މިކަލޭގެ މާ ހިތްހެޔޮ އިސްލާމީ ވެގެން އުޅުމަކީ ބޮޑު ފޭކެކެވެ. ގަތަރާ ގުޅުން ކަނޑާލި އިރު މިކަލޭގެ މިހާރު މި ދައްކާ އިސްލާން ކަންއޮތީ ސޫދީން ދޭންބުނި ޑޮލަރު ބޮޑިގައެވެ.

އިސްލާމް ދީނުގެ ކަންފުޅެއްވެސް ހުންނަ މީހަކު ނަމަ ހުކުރަށް ގޮސްއުޅެއެވެ. މިކަލޭގެއަކީ ހައްދަވައިގެން ހުކުރަކަށް އަރާ މީހެއް ނޫނެވެ. އިސްލާމްކަން ބޮޑުކަމުން ހުކުރަކުން މިކަލޭގެ ދެކޭ މީހަކު ނޫޅެއެވެ. ތަންޑިޔާ ލައިގެންވެސް މިކަލޭގެ ހުކުރަށް ގެންދަން ޕީޕީއެމް މެނެފެސްޓޯގައި ލިޔަން ޖެހޭހާ ވެއެވެ. އެވަރު މީހަކު ހުރި ލާދީނީކަން ފޮރުވަން މާ ދީނީ ވެގެން ފޭކްކޮށްޖ ެއްސި މޮރޮކޯ ޖާޒީގެ ސުންޕާކަން ލައިގަތީ މޮރޮކޯއަށެވެ.

މުޅި މެޗްގެ %62 ކުޅެ ލަނޑު ޖަހާން ލިބުނު އެތައް ފުރުސަތެއް މޮރުކޯއަށް ގެއްލުނީ މި ބޮޑު ފޭކް ޕްލާސްޓިކް ހިނިތުން ވުމެއްގައި ހުރެ މޮރޮކޯ ޖާޒީއާއި ހަވާލުވެ ހުރެ ނެގި ފޮޓޯއެއްގެ ފޭކް ކަމުންނޭ ބުނާހާ ވެއެވެ.

ރަނގަޅައް ވިއްޔާ މެޗު ކުޅުނު ގަޑީގައި އިންނާނީ ނަންބަރ ފޯރ ފަޓްލޫނެއްގެ އުދާސް ގަނޑު އަރުވައިގެން އަމިއްލަ ދުފާއެއްޗެހި ހިރުވަން މެޗް ނުބަލާ އަންދޮޅު ގޭ ކުދިން ކޮޅަކާއެކު ފަލަމަސްގަނޑަށް ހުކުން ޖަހަން ދީގެން ތާސް ކުޅޭށެވެ.

]]>
Thu, 15 Dec 2022 14:01:29 +0500 ހީރަސް
ބޮޑީގާޑަކަށް ވެސް ނުގެންދިޔައީ އާދަނަށް މެސީ ފެނިދާނެތީ https://heerasnews.com/799 https://heerasnews.com/799

ރައީސްމީހާ ތަނަކަށް ފުރާ އިރަށް ދަތްދޮޅިއަށް މިއޮއްވާ ވަރެކެވެ. ތެޅޭވަރުން ހީވަނީ ދޮޅިވެއްޓި ދާނެހެނެވެ. ކަރުވަނީ އަމަށަކު ހިއެެއް ނޫނެވެ. ހީކަރުވަނީ ދަތްދޮޅި ނުތެޅޭ ވަރަކަށް ނޫނެވެ. މާވަޑި އާދަނުގެ މުޅި މީހާ އައްސިވެ ލޯލިތައް ކޮޅަށް ޖެހިގެން މިފަހަރު ދަތްދޮޅި މިތެޅެނީ ރައީސްމީހާ ބޯޅަ މެޗެއް ބަލައިލަން ގޮސްގެނެވެ.

ފައިނު މާވަޑި އާދަނުމެން ނުލާހިކު ދާހިތުން ތިއްބާ ރައީސްމީހާއެއް ކަމަކު ގޮސްގެން ނުވާނެތާއެވެ. ދިޔައިރު އާދަނު ވެސް ގެންދިޔަ ނަމަ ގައިމު ދަތްދޮޅި ނުތެޅި ހުރީސްތާއެވެ. އެކީގާ ގެންދިޔަ ނަމަ ގައިމު އާދަނަށް ވެސް މެސީ ފެނުނީސް ނޫން ހެއްޔެވެ. އެވަރުގެ ކަމެއް ވެސް ރައީސްމީހާ އާދަނުމެނަށް ކޮށްލާ ދީގެން ނުވެއެވެ. ބޮޑީ ގާޑެއްގެ ގޮތުގައިވެސް އާދަނު ގެންދެވުނީސް ނޫން ހެއްޔެވެ. މާވަޑި އާދަނަކީ ސިފައިންގެ ބޮޑުމީހާ ގޮތުގައި އުޅުނު މީހެއް ވިއްޔާއެވެ. މީހުންގެ ދަތްދޮޅި ދުއްވާލާނެ ގޮތް ނިކަން ރަގަޅަށް ދަންނަ މީހެއް ވިއްޔާއެވެ. ރައީސްމީހާ އެއްކަމަކު އާދަނަށް އެހެން ހަދާކަށް ނުވާނެއެވެ.

ބަޔަކު ހެޔޮ ހިތުން ދިއްކޮށްލާ ދައުވަތު ގަނޑަކަށް ވެސް އާދަނުމެން ބުނާ ގޮތުން ރައީސްމީހާ ގޮސްގެން ނުވާނެތާއެވެ. ރައީސްމީހާ އެ ގޮތަށް ކުރާ ދަތުރަކުން ގައުމަކާ އުފެދޭ އިތުބަރާ ގާތް ކަމަކުން ރާއްޖެއަށް ވާނެ ރަނގަޅެއް އޮންނާނީއެއް ނޫނެވެ. އާދަނުމެންގެ ހަމައިގައި ރައީސްމީހާ ވިއްޔާ ހުންނަން ޖެހޭނީ ދެ ކަމުން ކުރެ ކަމަކު ވެސް ނުގޮހެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ފެންބިލު ދައްކާ ތައްޓަކަށް ހާޖަތަށް ދާން ޖެހޭތީއެވެ. އާދަނުމެންނަށް ރާއީސްމީހާއެކޭ ބިސްމަޅި ދުއްވަން ނަނު ޖަހާފައި އިންނަ ކުކުޅު ގަނޑެކޭ ތަފާތެއް ނުހުރެއެވެ.  

އާދަނުމެން ދާނެ އިރަކުން ގޮސް މަޖިލީހުގައި ވައިގަ ތަޅާފައި އަހަރަކު ތިން ހަތަރު މަހު ޗުއްޓީގައި މުސާރަ ކާލަ ކާލާ ތިއްބަސް އެއިއްޔަކީ ދައުލަތަށް ވާ ގެއްލުމެއް ނޫނެވެ. ބޮޑު ހޯގުޅާ ހެދިގެން ވަށައިގެން ބޮޑީގާޑުން ލައިގެން ބަންޑާރަ ކާރުގައި ކޮޅު ކޮޅަށް ދުއްވާ ބޭލިރައީސް އެ ކުރަނީ އިސްރާފަކަށް އާދަނުމެނަކަށް ނުވެއެވެ.

އިރެއްގައި ރައީސްކަން ކުރިޔަތީ އަތްގުޅި ނުކާވަރު މުސާރައަކާ އިނާޔަތް ނަގަނީ ރައީސްކަން ކުރިއިރު މުސާރައެއް އިނާޔަތެއް ނުދީ ހިލޭ ސާބަހަށް މަސައްކަތް ކޮށް ދިނީމާ ތޯއްޗެކެވެ. ބަޅު ރުއްޕާޓީ ރައީސާ އެ ޕާޓީ މަޖިލިސް މެންބަރުން އަޗާތަޅަން ދައުލަތުގެ ފައިސާ ނިކަން ހަލާލެވެ.

]]>
Tue, 13 Dec 2022 17:52:58 +0500 ހީރަސް
އަފްރާޝީމްގެ މަރުގެ އަނދިރި ފަރާތުން ގައްސާނުގެ ހިޔަނި!! https://heerasnews.com/797 https://heerasnews.com/797 އުފަންކުޅަ ބަފާ ކާޅަށްކޮށާ މަސްދިން އިރު ދަތްދިލުވައިގެން ހޭންހުރީ ލޮލަށް ނުފެންނަ ވަރަށް ކަނުވީމައެވެ. ވިހޭ މައިމީހާ ރޮއެ ހޭރެމުން މަގުމަތީ ވެއްޓިފުރޮޅި އުނުއޮތް ފޮށާ ބޭލުނު އިރު ދަތްޕިލާ ރޮނޑަށް ދީގެން އަތްޖަހަން ހުރީ ހަޔާތް އަރުއްވައިގެންފާ ވާތީކަން އެނގެއެވެ. މި ފާޑުގެ ގޮތެއް ފޮތެއް އަގަލެއް ކުލުނެއް ނެތް އިންސާނަކީ އިންސާނެއްގެ ސިފައިގާ ހުރި މިނިކާ ޖަނަވާރެކޭ ބުނުން ދުލަކަށް ފާފައެއް ނުވާނެއެވެ.

ގޭދޮށަށް އެއްވެފައިވާ ބައެއްގެ ބޮލަށް ކިއްލާ މަތިން ބެރިއެއް ވައްޓާލަން ކެރުނު ހިސާބުން ގައްސާނަކީ ކާކުކަން ދިވެހިން ދަސްކޮށްފިއެވެ. ކިޔަވަން ލަންޑަނަށް ފޮނުވީމާ ރާބޮއެގެން އިނދެ ކާރަކުން ޖައްްސާ މީހަކު މަރާލި ވާހަކަ އަކީ ވެސް ނިކަން މަސްހޫރު ވާހަކައެވެ. އެ މަރު އޮއްބާލުމަށް ފޮށިފޮށީގައި ޑޮލަރު ދައުލަތުގެ މާލިއްޔާއިން ލަންޑަނަށް ގެންގޮސްގެން އޭރު ދައުލަތް ބަނގުރޫޓްކޮށްލި ކޮށްލުމުން އަދިވެސް އެއުޅެނީ އަރައި ނުގަނެވިގެނެވެ. ގައްސާނަކީ މައުމޫނަށް ޖެހުނު މުސީބާތަކަށްވެ 30 އަހަރުގެ ވެރިކަން ވެއްޓުމުގެ އެއްސަބަބަކަށް ގައްސާނުގެ ޖައްބާރުކަން ވެގެން ދިޔައެވެ.

ޑރ. އަފްރާޝީމްގެ މަރުގެ އަނދިރި ފަރާތުން ގައްސާނުގެ ހިޔަނި ފާޅުވާ ކަމަށް ގިނަ ކުދިން ކުދިން ކިޔައެވެ. ރިސޯޓަކަށް އިންވެސްޓުކުރާ ނަމުގައި މަހުޖަނު ބޮޑުބެ އަތުން ފައިސާގަޑެއް ހޯދައިގެން އިންވެސްޓްކޮށްދިނީ އަޒްލިފް ރައޫފަށް ކަމަށް ރަށުތެރޭގައި ކިޔައެވެ. މިހާރަކު އަފްރާޝީމެއް ނެތެވެ. ވީގޮތެއްވެ އެ އަޒްލިފަކުވެސް ގެއްލިއްޖެއެވެ. ކުދިން ނިންދަވަން އުދޯއްޔަށް އަރާ އިނދެ މާމަ ކިޔާދޭ ބޮޑު ބުޅާ ވާހަކަ ކަހަލަ ވާހަކަ އަކަށް އެވާހަކަވެ ނިމެއްޖެއެވެ.

 ހަނދާން އައުކޮށްލަން ޖެހޭ ކަމަކީ ބައްޕަގެ ފޭވަރިޓަށް ރިޔާސީޓިކެޓް ދީފާނެތީ ޔާމީނާ ގުޅިގެން ކުރަންޖެހުނު ކޮންމެ ކަމެއް ނުކުރާ ކަހަލަ ނޫން ކަމެވެ. އުފަންކޮށް ގެންގުޅެ ބަލާ ބޮޑުކުރި ބަފާމީހާ އަބަހައްދުވީ ދުވަހު ގިއްގަޅުވާލާ ރަހުމުކުޑަ ގޮތަކަށް ކުޑަގޮޅީގައި ބާއްވައިގެން ޔާމީނަށް ބާރުދޭން ހުރިކަން ނޭނގޭ އެކަކު ނެތެވެ. އެހެން އެވީ ފިސާރި ވަރުހުރި މަޅިއެއްގައި ރަނގަޅަށް ބެނދެވި ބްލެކް މޭލުވެފައި ހުރެގެންނެކޭ މަށަކު ނުބުނަމެވެ.

މިވަރުގެ ގައްސާނަކު އެހެން ބަޔަކު ދެކެވާނީ ކޮން ލޯތްބެއް ހެއްޔެވެ. ބަޔަކަށް ކޮށްފައި ނުކުރާނީ ކޮންކަމެއް ހެއްޔެވެ. ދައްކާފައި ނުދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. ވައުދޭ އެމްޑީޕީއޭ ރައްޔިތުންނޭ ކިޔައިގެން ފޮކަން ގައްސާނަކީ ކާކުހެއްޔެވެ. މައިން ބަފައިންގެ ލޮލުން އެޅި ކަރުނަ ނުފެނުނު މީހަކަށް ފެންނާނީ ދެން ކޮން އެއްޗެއް ހެއްޔެވެ.

ބުނަން ހެއްޔެވެ. އެމްޑީޕީން ވައުދުވެ ވައުދު ފުއްދަނީ ގައްސާނު ރުއްސާކަށް ނޫނެވެ. ދިވެހި ރައްޔިތުން އެއްބުރުން ރައީސް ސާލިހަށް ވެރިކަން ދިނީ ޔާމީނާއި ގައްސާނުމެން ވެރިކަމާ ކައިރި ނުކޮށް ވެރިކަން ކޮށްދޭށެވެ. ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުން ކޮއްދެމުން އެދަނީ އިހަށް ކުރަންޖެހޭ ކަމެއް އިހަށް ކުރަންޖެހޭ އުސޫލުން ގިނަ ރައްޔިތުން އެދޭ ގޮތަށެވެ. ބަޅުރުއް ޕާޓީއާއި ގައްސާނު ބޭނުންވާ ގޮތަކަށް ކަންތައްކުރާނީ ބަޅުރުއް ޕާޓީ ވެރިކަމެއްގައެވެ.

]]>
Tue, 13 Dec 2022 13:10:58 +0500 ހީރަސް
ބަޅުރުކު ކަޅު ގަންޖިފަރާހު ކޮޅުކެހި https://heerasnews.com/796 https://heerasnews.com/796 ބަޅުރުކު މީހުން ކަޅު ގަންޖިފަރާސް ލައިގެން ތަޅުމަޅު އެޅި ކޮޅުކެހި ލިބުމުން ލަދުފަށެއް ގެންފިތާއެވެ. ދައްކަން އުޅުނު ޗަރުކޭސް ދޮން ބަންޑާރައިން އިރުގެ ކެހެރިއެކޭ ވެސް ހީނުވިތާއެވެ. ރަންކޮޅާއެވެ. ފުރިފާ ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. ދަތްވިކިވިކި ތިބުންނޫން ކަމެއް ހަމަ ނުވޭތާއެވެ.   

މަތްކަލާކޯއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަށްރަށް ވަޑައިގެން ކުރައްވަން ޖެހޭ ކަންތަކާ ބައްދަލު ކުރައްވަން ޖެހޭ ބަޔަކާ އެނގެން ވަނީ ވެސް ޔާމީނުގެ އައުވާނުންނަށެވެ. ރައީސް ސާލިހަކީ ބަޅުރުކު ކަޅު ގަންޖިފަރާސް ބުނާގޮތަށް ކަންތައް ކުރައްވަން ދިވެހި ރައްޔިތުން ހޮއްވަވާފައި ހުންނެވި ބޭފުޅެއް ނޫނެވެ.

ސަރުކާރު ހަރަދުގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގަވާ ކަމަށް ބުނެ ފަސާދަ އުފައްދަން ބަޅުރުކު މީހުން ގައި ވީދިޔަސް ރައީސް ކުރައްވާނެ ކަމެއް އެނގި ވަޑައިގަންނަވާނީ ރައީސަށެވެ. ދިވެހި ރައްޔިތުންގެ 68 ޕަސެންޓު ވޯޓުން ވެރިކަމަށް ރައީސް ސާލިހު ހޮއްވެވީ ދިވެހި ވެރިކަން ބަޅުރުއް ދޮށުން ސަލާމަތް ކުރާށެވެ. ކުޑަ ބޭރު ވެސް އެރިޔަ ނުދޭށެވެ.

ވެރިކަން ހިންގާ ކޯލިޝަނުގެ 40 އިންސައްތައަކީ އެމްޑީޕީއެވެ. ރައީސަކީ އެމްޑީޕީގެ ޓީިކެޓްގައި ހޮވިވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅަކަސް ނުރަސްމީ ދަތުރުފުޅަކަސް އެ މަނިކުފާނަށް އެ މަގާމު މަތިކުރި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާ ބައްދަލު ނުކުރައްވާ ކުރައްވަންޖެހި ވަޑައިގަންނަވާ ކަމެއް ނުއޮންނާނެއެވެ. އިދިކޮޅުން ކިތަންމެ ހީކެރުވިޔަސް އެކަން ރައީސް ކުރައްވާނެއެވެ.

އެހެން ނޫނަސް ރައްޔިތުންގެ އިހުސާސް އެންމެ ރަނގަޅަށް އެނގިވަޑައި ގަންނަވާނީ ޔާމީނުގެ ދެފުށް ދެގޮތް ސަޕޯޓަރުންގެ ފަރާތަކުން ނޫނެވެ. ދިވެހި ރައްޔިތުންނަށްވީތީ ތަފާތުކުރުމެންނެތި ހިދުމަތްތައް ފޯރުކޮށް ދެއްވިޔަސް އިހުލާސްތެރި މަޝްވަރާ ހޯއްދަވަނީ އިހުލާސްތެރި ބައިވެރިންގެ ގާތުންނެވެ.

ގަމާރުކަން ހުރިވަރުން މިއަދަކީ މައުމޫނުގެ ދިމިގްރާތީ ޒަމާން ނޫންކަމެއްވެސް ނޭނގެއެވެ. ރާއްޖޭގައި މިއޮތީ މަލްޓިޕާޓީ ޑިމޮރެޓިކް ވެރިކަމެއް ކަމެއްކަންވެސް ނޭނގޭހާ ގަމާރެވެ. ދައުލަތުން ހަރަދު ކުރަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށެވެ. ދައުލަތް ހިންގުމުގައި ވެރިކަން ހިންގާ މައިޕާޓީގެ ކޮންމެ މެންބަރަކީ ވެރިކަން ހިންގުމުގެ ބައިވެރިއެކެވެ. ވަގުތު ލިބި ވަޑައިގަންނަވާ ވަރަކުން ވެރިކަން ހިންގާ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަކީ ސަރުކާރު ހިންގުމުގެ އެއްބައެވެ.

ޔާމީނުގެ އައުވާނުން މާ ބޮޑަށް ކޮށި އަރައިގެން ނޫޅެ ހިން ދިރުވާލައިގެން އެހަށް ތިބޭށެވެ. އެ ދުވަހެއް އައިމާ ފުއްޕަން ތިބޭށެވެ. ކަމެއް ކުރަންޏާ މިހާރު ކުރަންވީ ކަމަކީ މުލުވަގު ޖަލަށްލާ އެކަހެރި ކުރެވެން އޮތް ގޮތެއް ހޯދައިގެން އެކަން ކުރުމެވެ. ތިޔަ ފާޑަށް މަތިހަށި ނަގާ އުންޑަ ކެއްކިޔަސް ވެރިކަމާ ހިޔަނިވެސް އެޅެވެން ޔާމީނަށް އޮތީއެއް ނޫނެވެ. އަމްދުން މުއިއްޒާ ޝަހީމަށް ވެގެން ވިއްޔާ ޔާމީނަށް ވެރިކަމުގެ ވަސްވެސް ފެނުނަކަ ނުދޭނެއެވެ. ކަޅު ގަންޖިފަރާހު ބަޅުރުކު މީހުނަށް ގަބޫލު ކުރަން އުދަގުލަސް ހަގީގަތަކީ އެއީއެވެ.

]]>
Mon, 12 Dec 2022 20:08:42 +0500 ހީރަސް
ސަލަފީން މެދުވެރިކޮށް ޔާމީނު ކުޑަގޮޅިއަށް! https://heerasnews.com/789 https://heerasnews.com/789 އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ގައުމު ހަވާލު ކުރަން ޖެހޭ ކަމަށް ބުނާއިރު މުއިއްޒުގެ އެތެރެ ހަށީން ރޯވެ އަނދަމުންދާ އަލިފާންގަނޑު މޫނުމަތިން ވެސް ފާޅުވެއެވެ. ކިރިޔާވެސް ގޮތެއް އޮތްނަމަ ޔާމީނު ރިޔާސީ އިންތިހާބުގައި ވާދަކުރަން އެންމެ ނޭދޭ މީހަކީ މިހާރުވެސް ހިތުން ރައީސުލްޖުމްހޫރިއްޔާ ހެދިގެން އުޅޭ މޭޔަރ މުއިއްޒެވެ. ސަލަފު ޖަމުއިއްޔާއާއި ގުޅިގެން ދީނީ ކާޑު ދައްކައިގެން ރައީސްކަން ހޯދަން މުއިއްޒު ހުރީ ފެން ބޮވާފައެވެ. 

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ހިންގޭ ސަރީއަތުގައި ޔާމީނަށް ޖަލު ހުކުމެއް ގެނެވޭތޯ ލައްކަ މަސައްކަތް މުއިއްޒު އެބަކުރެއެވެ. ބާބުލްއަވަލީއާއި މެހި ޖެހިފައިވާ ގޮށުގެ ތެރެއިން ސަލަފީން މެދުވެރިކޮށް ޔާމީނު ކުޑަގޮޅިއަށް ފޮނުވުމުގެ ހީލަތްތެރި މަސައްކަތް ސިއްރުން މުއިއްޒު ކުރާކަން ނޭނގޭނީ އެހެން ބަޔަކާ ގުޅިފައި ނެތް ނަމަތާއެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ޒަމްޒމް އަޒީބެގެ ދައުރެއް ނެތުމަށް ވުރެ ގާތީ އޮތުމެވެ. ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.

މާލެ ސިޓީ މޭޔަރަކަށް ހޮވުމުން މުއިއްޒުގެ ހިތް އަރާ އޮތީ އާސުމާނުގައެވެ. މާކަންވާ މީހަކަށް ވެގެން ސިނަމާލެ ބުރިޖުގެ ކްރެޑިޓް ޔާމީނަށް ދޭތީ ފިސާރި ތުންފިއްތާކަން ހޮދު ޔާމީނަށް ވެސް އެނގިވަޑައި ގަނެއެވެ. 25 ބުރީގެ ޓަވަރުތަކާއި ސިނަމާލެ ބުރިޖުގެ މިލްކު ވެރިއަކީ މުއިއްޒު ކަމަށް ސަލަފީން ގެ ބަޔަކު ގައިމު ބުނާނީ ކަމެއް ވެގެންތާއެވެ.

މާލެ ސިޓީ މޭޔަރު ކަމުގައި ހުރެގެން މާލެ ސިޓީގެ ކުރިއެރުމަށާއި މާލެ ސިޓީގައި އުޅޭ މީހުންގެ ލުއި ފަސޭހައަށް އަޅާ ތިލަމާލެ ބުރިޖްގެ މަސައްކަތް ހުއްޓުވަން ވެސް އެހުރީ ހިފާލާފައެވެ. ކުރީގެ ރައީސް ޔާމީނަށް ކެންޕެއިން ކުރާނަމުގައި ކްރެޑިޓް ނެގުން ނޫންކަމެއް މުއިއްޒު ނުކުރެއެވެ.

އަނެއް ކޮޅުން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާ ކެރޭނެއް ވެއްޓި ދެރަކަންކަން ދިމާވުމަުން މާލޭ މޭޔަރ އުޅެގަތް ގޮތުން ޕްލެޓްފޯމް ފަރަށް އެރުމުގައި މޭޔަރ މުއިއްޒުގެ އަތެއް އޮތްކަމަށް ބުނާ މީހުން އެބައުޅެއެވެ. ދެރަކަންކަން ދިމާވުމަކީ މަސައްކަތުގެ މާހައުލުގާ އާކަމެއް ނޫނެވެ. ބުޅިކެނޑެނީ ކެޔޮޅުންގެ އަތުންނެވެ. ދެރަކަންކަން ދިމާވަނީ ކޮންމެހެން ބައެއްގެ ނާގާބިލު ކަމަކުން ނޫނެވެ. ގަސްތުގައި ހަސަދަވެރި ބައެއްގެ ރޭވުމުން ވަރަށް ބޮޑެތި ދެރަ ލިބިފައި ހުންނަނީ މަދެއްކޮށް ނޫނެވެ. އެކަމަކު އެކަމުން ވެސް މުއިއްޒު އުފައްދަނީ ފިތުނައެވެ.

ޕްލެޓްފޯމް ފަރަށް އެރުމުގައި މުއިއްޒުގެ އަތެއް ނެތްނަމަ ޖަހާ ތަނބެއް ޕްލެޓް ފޯމެއް ހަރުނުލާ އޮޔާދާ ކަމަށް ބުނެ މީހުން އެއްކޮށްގެން ޖަގަހަ ޖަލްސާގައި މަލާމާތެއް ނުކުރީހެވެ. އެކަމުން މުއިއްޒުގެ ނިޔަތް ވަރަށް ސާފެވެ. މާލެ ސިޓީގެ ހެވާ ލާބަޔަށް ކޮންމެ ބަޔަކު ކަމެއް ކުރިޔަސް އެއްބާރުލުންދީ ހަދަން މަތިވެގެން ހުރެ ފުރައްސާރަ  ކުރަން އެންމެ ތާހިރީ މާލޭ މޭޔަރު މުއިއްޒެވެ.

ތަރައްގީ އޮޔާ ހިނގައްޖެއޭ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ނުދޭނަމޭ ބުނާއިރު ފުރަތަމަ ދައުރެއް ރައީސް ސޯލިހަށް ލިބިވަޑައިގަތީ މުއިއްޒު ހޯދާދިން ވޯޓަކުން ނޫނެވެ. ވެގެން ވިއްޔާ ޔާމީނަށް ވެސް މުއިއްޒުގެ ވޯޓަކީ ހަރާން އެއްޗެކެވެ.  

ތަރައްގީ އޮޔާ ގޮސްގެން އުޅޭކަމަށް ވާހަކަ ދައްކާއިރު މުއިއްޒަށް މާލޭ ސިޓީ ކައުންސިލުން ސްޓާފް ނައިޓް ބާއްވާ ގަހުގެ ވިޔަފާރިކޮށް ޕާކިން ސްލޮޓް ވިއްކެނިކޮށް ހެވެވެ. އޭރުން އެ ހުރީ ތަރައްގީ ކޯދުލާ އަރައަރައެވެ. މުއިއްޒުގެ ތަރައްގީގައި ނުހުންނަނީ މިސްކިތްތަކުގެ ކަރަންޓްބިލާ ފެންބިލް ދައްކާނެ ފައިސާއެވެ. އެކަމަކު ސަލަފް މީހުން ބޮލަށް ޗިޕް ޖަހައިގެން ކުޅެނީ ދީނީ ކާޑެވެ.

ތިންރުއް ޕާކާއި ރަސްފަންނު ފަނާވެ ދާއިރު މަރާމާތަށް ހޭދަކުރާނެ ސިޓީކައުންސިލްގައި ފައިސާ ހުންނަ ކަމަކަށް ނުވެއެވެ. އެ ތަންތަން އާބާތުރަ ފިލުވާނެ ފައިސާ ނެތަސް ބޭރު މަގުގައި ބޮޑު އަގުގައި ކަދުރު ރުއް ގަނެގެން ގެނެސް ސަލާމަތް ނުވާހާ ބޮޑު އަގަކަށް އަމިއްލަ ޖީބަށް ބައިއަޅާ ގޮތަށް ރައްޓެހި ބަޔަކަށް ދީގެން ރުއްބުޑު ގައުފޮޅު ރާނަން ހަރަދު ކުރާނެ ފައިސާ ހުރެއެވެ.

ހިތުން ރައީސުލްޖުމްހޫރިއްޔާ ހެދިގެން މޭޔަރު މުއިއްޒު ސިޓީ ކައުންސިލުގައި ހިންގާ ފަސާދައިގެ ވާހަކަ މި ފަހަރު އަދި ދައްކާކަށް ނެތީމެވެ. އެ އެޕިސޯޑް އޮތީއެވެ. މުއިއްޒާ ގުޅުވައިގެން ހަރުތާކު ޖެހެންދެން ހުއްޓާނުލާ ދައްކަން އޮތް އެއް ވާހަކައަކީ މާލޭގައި ފާލުން ނައްޓައިގެން އުޅޭ ބިދޭސީންގެ ކަންކަން މުއިއްޒަށް ހައްލު ކުރަން ނޭނގުނު ވާހަކައެވެ. ގަވައިދާ ހިލާފަށް މާލޭގައި ފާލުން ނައްޓައިގެން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގާ ބޮޑު ފޭއްޔަކުން ފޭލިވެ ކަތިވަޅި ޖެހި ހިސާބު ފެންނަ ވަރަށް މުއިއްޒު ބަރަހަނާ ވެފައި ހުރި ވާހަކައެވެ.  

އިހައްދުވަހު މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސިޓީކައުންސިލް ޒިންމާއިން ރެކެން ދެއްކި ބަހަނާއަކީ ކޮވިޑްތެރޭގައި ކުރީގެ ކައުންސިލުން ހެދި ސާވޭއެއްގެ ވާހަކައެވެ. އެއީވެސް މުއިއްޒު އައިފަހުން ހެދި ސާވޭއެއް ނޫނެވެ. އެހެން ނޫނަސް ސާވޭއެއް ހަދާ ރެކަމަންޑޭޝަން ތަކެއް ދިނުމުން ސިޓީކައުންސިލްގެ ޒިންމާ އަދާކުރެވުނީ ކަމަށް ވާނެހެއްޔެވެ. ނުވާނެއެވެ. ނޭވަޔަކު ދެކޮޅު އަނގަ ފުރާފައި ސަރުކާރުގެ މުއައްސަސާތައް ފެލިވެފައިވާ ކަމަށް ދޭހަވާ މޭރުމުން މުއިއްޒު ވާހަކަ ދެއްކުމުން މުއިއްޒު ފޭލިނުވެ ހުރިކަމަކަށް ވެސް ނުވާނެއެވެ. އެހެން ބައެއްގެ ބޮލުގައި އިލްޒާމު އަޅުވައިގެން ކަންކަމުން ރެކެން ނުހަދާށެވެ.

 

ގާނޫނާއި ހިލާފަށް 200 ވިޔާފާރިއެއް މާލޭގައި ބިދޭސީން ކުރާކަމަށް ތަންކޮޅެއް ކުރީން ސިޓީކައުންސިލުން ބުނެފައިވެއެވެ. މިހާރު އެ އަދަދު ހުރީ ކިހާ ވަރަކަށް ކަން ސިޓީކައުންސިލަށް އެނގޭ ހެއްޔެވެ. އެކަން ބަލަން އަނެއްކާ ވެސް ސާވޭ އެއްހަދާފައި ނަތީޖާއާއި ރެކަމަންޑޭޝަން އަވަހަށް ފޮނުވާށެވެ. އޭރުން އެ އޮތީ ޒިންމާ އަދާކުރެވިފައެވެ. އެވަރުގެ ސަވޭއެއް ހަދާލަން ކިއްކުރާ ސިޓީ ކައުންސިލެއް ހެއްޔެވެ. ކުދި ބަޔަކަށް ސައި ދީފައި އެކަން ކުރަން ހަވާލު ކުރިޔަސް ބުނި ގޮތަކަށް ސާވޭކޮށް އެއްދުވަހުން ވެސް އެކަން ކޮށް ނިންމާލާނެއެވެ.

ނެތިގެން އުޅެނީ ސާވޭ ކުރާނެ ސިޓީ ކައުންސިލެއް ނޫނެވެ. ޒިންމާދާރު މަސައްކަތެއް ކުރާނެ ސިޓީ ކައުންސިލެކެވެ. ސިޓީ ކައުންސިލަކީ ފެޑަރަލް ސަރުކާރަކަށް ހެދިގެން މޭޔަރ ރައީސުލްޖުމްހޫރިއްޔާއަށް ވެގަނެގެން ސަރުކާރުގެ ސިޔާސަތުތައް އޯވަރޓޭކްކޮށް ފުށުންޖަހާ ސަރުކާރު ހިންގަން ދަތިކުރުމަކީ ލާމަރުކަޒު ވުމެއް ނޫނެވެ.

އޮޅެގެން ނޫޅޭށެވެ. ސަރުކާރަށް އެއްބާރުލުން ދޭންޖެހެނީ ސިޓީ ކައުންސިލުންނެވެ. ރައްޔިތުންގެ ވޯޓަކުން ސިޓީ ކައުންސިލް ހޮވަނީ ދައުލަތުގެ ތެރޭގައި އިދިކޮޅު ސަރުކާރެއް އުފައްދާ ސަރުކާރަށް ދަތިކޮށް ހިންގުން ހުއްޓުވާކަށް ނޫނެވެ. އެއްބާރުލުން ދީގެން ކާމިޔާބު މަސައްކަތް ތަކެއްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދާށެވެ. އަންނަން އޮންނަ އިންތިހާބެއް އިދިކޮޅަށް ކާމިޔާބުކޮށް ދިނުމަށް ޖާގަ ހަދާކަށް ނޫނެވެ.

]]>
Sun, 11 Dec 2022 10:46:17 +0500 ހީރަސް
މެންބަރު އުޝާމަށް: ބާގީ ނާޒިމާއި ބާގީ ރިޔާޒަށް ތުހުމަތެއްނެތް! https://heerasnews.com/786 https://heerasnews.com/786 މަވަރު މީހަކު ނެތިގެން އުޅުމުގައި ވިލިމާލެ ދާއިރާގެ މެންބަރ އުޝާމު ވަރު މީހަކު މަދުވާނެއެވެ. ގާނޫނީ ވަކީލަކަށް ވީތީ ރައްޔިތުންގެ މަޖިލިސް މެންބަރުކަން ލިބުމުން މީހާއަށް މީހާ އޮޅޭ ވަރެކެވެ. ތިމާއަކީ މުޅި ރައްޔިތުންނޭ ހީވާ ކަހަލައެވެ. ތިމާ ގަބޫލުކުރާ ގޮތަކީ މުޅި ރައްޔިތުންގެ ގަބޫލުކުރާ ގޮތްކަމަށް ދެކި ރައްޔިތުންގެ ތެރޭގައި ފަސާދަ އުފެއްދުން ނޫންކަމެއް މި އުޝާމަކު ނުކުރެއެވެ.

ސީނުކަރަންކާގެ ނާޒިމަށް ރާއްޖޭގެ ވެރިކަން ހޯދާދީގެން އުޝާމަށް ސަރުކާރު ތެރޭގައި ދަނޑިމަތި އަނބުރާލެވޭނެ ކަމުގެ ހުވަފެން ދެކިގެން އުޅޭ އިރު ހީވަނީ މޮޔަގެރިއެއް އުޅޭހެނެވެ. މަވަރެއް ނެތިގެން އުޅޭ އެހެރަ ބޮޑު ގާނޫނީ ވަކީލު މީސްމީހުނަށް ވައްކަމުގެ ތުހުމަތު ކުރާއިރު އަދުލު އިންސާފު އަސާސް ވެސް ނޭނގޭ ކަހަލައެވެ. ކުށެއް ސާބިތު ނުވާހާ ހިނދު ކުށްވެރިއަކަށް ނުވާނެ ކަމުގެ ގާނޫނީ ހަމަ ގަބޫލު ނުކޮށް ސިޔާސީ ބޭނުމުގާ ފަސާދަ އުފައްދާ ލޯޔަރުގެ ޖާހިލުކަމެވެ.

ރައްޔިތުނަށް ބޭނުންވެފައިވާ ގިނަކަންކަން ސަރުކާރުން ކޮށްދޭތަން ދެކޭކަށް އުޝާމުމެނަށް ފަސޭހައެއް ނޫނެވެ. ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ މަސައްކަތް ހުއްޓުމެންނެތި ކުރިއަށް ދާތީ ހަޖަމްކުރަން ދަތިވާނެއެވެ. ބަނދަރުތައް ހަދާ އާރުޓީފެރީ އިން މުޅި ރާއްޖެ ގުޅިގެން ދިޔުމަކީ ވެރިކަން ހޯދުމަށް ބޫތުކައިފައި ތިބި ބަޔަކަށް ބޭނުން ވާނެ ގޮތެއް ނޫނެވެ. ގާއިމުކޮށްދެވޭ ހިދުމަތްތަކުގެ ސަބަބުން ސަރުކާރާމެދު ރައްޔިތުން ކުރާ އުންމީދު ބޮޑުވެ އިތުބާރު އިތުރު ވީވީހެން ސަރުކާރު ބަދުނާމުކުރަން ޒާތްޒާތުގެ ތުހުމަތު ނުކޮށެއް އުޝާމުމެނަށް ވެރިކަމުގެ ވަސްވެސް ނުފެންނާނެތާއެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް: ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގުމުގާ އަވަދިނެތި 

ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ގިނަކަންކަން މި ސަރުކާރުން ކުރުވަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. ވާދަވެރިން ސަރުކާރުގެ ކުންފުނިތަކަށް ކޮރަޕްޝަނުގެ އިނގިލި ދިއްކުރަނީ ސަރުކާރު ބަލިކަށިކޮށް އިތުބާރު ގެއްލުވާލުމަށެވެ. ސަރުކާރު ކުންފުނިތަކަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ވާހަކަ ފެތުރުންނޫން ކަމެއް އުޝާމްމެން ނުކުރެއެވެ. ކޮރަޕްޝަން ސާބިތުވާވަރުގެ ހެއްކާ ގަރީނާ ހުރިނަމަ ގާނޫނީ ގޮތުން ކުރެވެން އޮތްކަމެއް ނުކޮށްތިބެ ބޮޑެތި ލޯޔަރުން މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ހާމަކަން ބޮޑުކޮށް ކުރާތީ، ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ފުރުސަތު އޮންނާނެއެވެ. ދޮންކަޅު އަންގާނުލާ ސިއްރުން މި ސަރުކާރުން ކަންކަން ކުރާނަމަ ދެއްކޭނެ ވާހަކައެއް ނުއޮންނާނެއެވެ. ހާމަކަން ބޮޑުކޮށް ކަންކަން މި ސަރުކާރުން ކުރަނީ ކޮރަޕްޝަނަށް ތަރުހީބު ނުދޭތީއެވެ. ގާނޫނީ ހަމަތަކުގެ މަތިން ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަކަށް މި ސަރުކާރުން ހުރަހެއް ނާޅައެވެ. ނުވެސް އަޅާނެއެވެ.

ބަޔަކު ކުރާހާ ތުހުމަތަކީ ތެދެއް ނޫނެވެ. ތުހުމަތުތަކަށް ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅަން ވަރުވަރުން މުއައްސަސާ އެ ހުރީއެވެ. ތުހުމަތުކުރާ ބަޔަކު ތުހުމަތު ކުރާހެން ކުރާ ތުހުމަތުން ބަރީއަވުމަށް ތުހުމަތު ރައްދުވާ ފަރާތަށް ވެސް ފުރުސަތު ދީގެން އިންސާފު ގާއިމުކުރަން މި ސަރުކާރުން ހުރަހެއް ނާޅާނެއެވެ. އެހެނެއް ކަމަކު ސިޔާސީ ގޮތުން ވާދަވެރިން ކުރާހާ ތުހުމަތު ތަކަކީ ހައްގު ތެދު ކަމަކަށް ވެސް ނުވާނެއެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މި ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ އެންމެ އިސްމަގާމު ތަކުގައި އެހާ ގިނައީ ކީއްވެގެންތޯ އުޝާމް ސުވާލުކުރީމާ އަންނަނީ ހިންޏެވެ.

އުޝާމްމެން ޕާޓީގައި ތިޔަ ތިބީ ސާފު ތާހިރު ހުދު ބޯކިރު ކޮޅެއް ފަދަ މީހުންނެވެ. ކިލައެއް މިލައެއް ނެތެވެ. ދުނިޔޭގެ މަޝްހޫރު މާފިޔާ ގޭންގް އާތަރ ބްރަދަރސްއާއި އެކު ހަތިޔާރު ވަގު ވިޔާފާރި ހިންގި އެއް ދިވެއްސަކީ އުޝާމުގެ ސިޔާސީ ލީޑަރ ކަމަށް މީހުން ކިޔާ އުޅެއެވެ. ރާއްޖޭގައި އުފެދިފައި އޮތް ގާނޫނީ ސަރުކަރެއްގެ ރައީސުލްޖުމްހުރިއްޔާއަށް ޝަރުތަކާ ނުލާ އިސްތިއުފާ ދޭން މަޖުބޫރު ކުރިކަމަށް އާއްމު އެއްވުމެއްގައި އިއުތިރާފްވި ބާގީ ނާޒިމަކީ އުޝާމްމެން ޕާޓީގެ ލީޑަރެވެ.

ރާއްޖޭގެ ގާނޫނީ ރައީސަށް މަޖުބޫރު ކުރުވައިގެން އިސްތިއުފާ ސިޓީއެއް ލިޔުއްވާ އެއްވެސް ހައިސިއްޔަތެއް ނެތި އެސިޓީ ހިފައިގެން ގޮސް މަޖިލީހުގެ ރައީސަށް ދިން ބާގީ ރިޔާޒަކީ އުޝާމުގެ އަނެއް ކޮލީގެވެ. ޑރ. އަފްރާޝީމުގެ ގާތުލާ ގުޅިގެން ކްރައިމް ސީން ކްލޮރިނާއި ޑިޓޯލުން ދޮވެ ސާފުކޮށް ޕޯސްޓުމޯޓަމް ނުހަދާ ވަޅުލާ އެ ޖަރީމާގެ ހެކިތައް ނައްތާލި ޕޮލިސް ކޮމިޝަނަރަކީ އުޝާމްމެންގެ ބަގީ ރިޔާޒެވެ.

ގެއްލުނު ވެރިކަމުގެ އަރާމާ މަސްތުގައި ވެރިކަމުގެ ލައްޒަތު ހޯދަން އެއްތަނުން އަނެއް ތަނަށް ދުވާ ދުންޔާ މައުމޫނު ވެސް ތިޔަހުރީ އުޝާމުމެންނާ އެކީގައެވެ. ތިޔަބައިގަޑުގައި އެތިބީ މިކަހަލަ ހައްސައެވެ.

މި ސަރުކާރުގެ ކާމިޔާބީ ތަކަށް ހަސަދަވެރިވާ އުޝާމުމެން ކަހަލަ މީހުން ތިޔަ ކުރަނީ ފަސާދައެވެ. ވެރިކަން ހޯދަން ކުރާނެ އެހެން ކަމެއް އުޝާމުމެންނަކަށް ނުފެނެއެވެ. އެއްވެސް ހައްގަކާ ނުލާ މީހުންގެ ބޮލުގައި ތުހުމަތުތައް އަޅުވާ އަގުވައްޓާލަން މަސައްކަތް ކުރާއިރު ތިމާގެ ވަށައިގެން ތިބީ ކޮން ބައެއްކަން ވެސް ނޭނގޭހާ ގަމާރީތާއެވެ. 

]]>
Sat, 10 Dec 2022 14:29:09 +0500 ހީރަސް
ނޮވެމްބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި4 https://heerasnews.com/785 https://heerasnews.com/785 ކޮލި އަލިމަނިކުގެ ބާރުން ބާރުލިބިގެން ނާސިރު އަރިހުގައި އިލްޔާސް އިބްރާހީމަށް ގަދަކަން ލިބުނު އެހެން ސަބަބެއް ވެއެވެ. އެއީ އިލްޔާސް އިބްރާހީމަކީ ކޮލިގޭ ހުރިހާ ބޭން ދެލޯނޭދި ލޯބިވާ އުހުތު އައިޝަތު ނާސިރާ (ކުޑަ ނާސިރާ) އިންތިހާ ދަރަޖައަށް ހިތްޕުޅާވި ފިރިކަލުންނެވެ.

ވިޔަފާރީގައި ދެވަނައެއް ނެތް ކޮލިގޭގެ ޅިޔަން ކަމާއި ކޮލި އަލިމަނިކުގެ ސިޔާސީ ގަދަކަމުން ބާރު ލިބިގެން ހުންނެވި އިލްޔާސް އިބްރާހީމްއަކީ ދުނިޔެ އުމުރަށް ވެރިކަން ކުރާން ނިޔަތް ގަނެގެން ތިބި ކާމިނީ އާއިލާއާ އެންމެ ގާތުގައިވާ އެންމެ ބޮޑު ސިޔާސީ ގޮންޖެހުމެވެ. 

އެހެނެއް ކަމަކު ރައީސް ނާސިރުގެ ހިތްހަލާލު މައުމޫނަށް ލިބުނު އެއް ސަބަބަކީ ވެސް އިލްޔާސްއެވެ. އިލްޔާސް އިބްރާހީމް ގެ ފަހަތް އެހާ ގަދަވެފައި އޮތީ ޝައްކެއްވެސް ނެތި ކޮލިގެއިންނެވެ.

އަމުދުން އެހާ ކުރީ ކޮޅު ސީދާ ގޮތުގައި ކޮލިގެއަށް އަމާޒު ކުރާނެ ފަންވަރު މައުމޫނުގެ ސިޔާސީ ކަނޑީގެ މިޔައިގައި ނެތްކަން މައުމޫނަށް ސާފުވާނެއެވެ. ކޮލިގެއަށް ސިޔާސީ ބިރު ދެއްކުމަށްޓަކާ އެންމެ ފުރަތަމަ ކާމިނީގެއިން ނެއްޓިގަންނަން ޖެހެނީ އިލްޔާސް އިބްރާހިމްގެ ބިރުންނެވެ.

ނޮވެމްބަރ 3 ގެ އެތިފަހަރު އިލްޔާސް އިބްރާހީމް އާއި އެހާ ސީދާ ވުމުގައި އެ ނޫން ވަކިއޮތީ، އިތުރު ކޮން ސަބަބެއް ހެއްޔެވެ.  

ހަތިޔާރު އެޅި ތަމަޅައިންނަށް ތީމުގެ ނުފެނި މާދުރުގައި ހުރި ކިނބިގަސްދޮށުގެއަށް ވަދެ ކުޑަނެވި ތުއްތު މަނިކު ޝަހީދު ކޮށްގެން ވެސް އިލްޔާސް އިބްރާހީމް އަތުޖެހުން ތަގްދީރުގައި ނެތީއެވެ.

ކާމިނީގެއިން ދުއް ތާއަބަދުގެ ދިވެހި ވެރިކަމުގެ ހުވަފެނުގެ ހުރަހަކަށް އޭރު ހުރީ އިލްޔާސް އިބްރާހީމް ކަމަށްވާއިރު، އިލްޔާސް، އިލްޔާހަކަށް ވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކޮލި އަލިމަނިކާއި ކޮލިގޭ އާއިލާއިން ކަން ކާމިނީގޭ އާއިލާއަށް ވަރަށް ސާފުކޮށް އެނގޭނެއެވެ.

ތެދެކެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމި، އެމަނިކުފާނު ރާއްޖެ އޮތް ކޮޅަށް އިސްތަށިފުޅު ނުލާނެ ވަރުގެ ސަބަބުތައް މައުމޫނު މެދުވެރި ކުރިއެވެ. 

ނާސިރު ނެތަސް ކޮލި އަލިމަނިކާ ކޮލިގެ އާއިލާގެ ތަނަވަސް ކަމާ ނުފޫޒަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ތިނޯހެއްގެ ފާގަހާ ހިމަ ޖާގަ އަކުން ވިޔަސް ނޮވެމްބަރ 3 އިން އިލްޔާސް އިބްރާހިމްގެ ފުރާނަ ސަލާމަތް ވުމުން ޕްލޭން ބީ އެއް ހޯދުން މުހިންމު ވާނެތާއެވެ.

ކޮލިގެ ބޮޑު އާއިލާއާއި ދައުލަތާއި ނުބައްދަލު އެމީހުންގެ ތަނަވަސް ކަމުގެ ބިރު އޭރުވެސް އޮތީ އޮތް ގޮތަށެވެ. ސީދާ އަތްލާން ދިމާ ކޮށްފި ނަމަ ވާނެ ގޮތް ނޭނގޭތީ ދުރުތަނުން ނަމަވެސް ނޮވެމްބަރ 3 އާ ގުޅުން ހުރިކަމުގެ ބިރު ކޮލިގެއާ ގުޅުވޭނެ ގޮތެއް ކާމިނީގެއަށް މުހިންމު ވާނެއެވެ.

ޒަމާނުއްސުރެ އެމީހުންނާ ގުޅުން އޮތް ، އެކީ އެއްތަށި އެއްބައި ކައި ސިއްރު ބުނެ ވިޔަފާރީގެ ގުޅުން ތަކުން ބަދެވިފައިވާ ދުރުތާ ކޮލިގޭ މީހަކީ ކާކުތޯ ކާމިނީ އާއިލާއިން ހޯދުމަކީ މުހިންމު ކަމެކެވެ. އެ މީހަކީ ކާބަފައި ޒަމާނުއްސުރެ ކޮލިގެއާ ގުޅިފައިވާ ފަރާތަކަށް ވުން ކޮންމެހެން ބޭނުމެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ކުރީ ކޮޅުން ފެށިގެން އެވިޔަފާރީގެ ތެރެއިން އަރަމުން އައި ދުރުތާ ކޮލިގެ މީހާ މައުމޫނަށް ފެނިއްޖެއެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. ސިއްކަ އަހުމަދު އިސްމާއީލް މަނިކު ނުވަތަ ބޮޑު ސިއްކައެވެ.

މިއަދުގެ ސިޔާސީ ބޭނުމަށްޓަކާ އޭގެ 34 އަހަރު ފަހުން ބޮޑު ސިއްކައަކީ ނޮވެމްބަރ 3 ގެ މޭސްތެރިޔާއޭ، ގައްދާރޭ، ގާތިލޭ ކިޔަސް އެދުވަހު ސިއްކަ އާއި ދެކޮޅަށް ފަރުމާ ކޮށްފައި އޮތީ އެނގިހުރެ ނޭންގި މީހެއްގެ ތުހުމަތެވެ. މި ތުހުމަތުގެ ފަހަތުން ދޭ އިންޒާރަކީ ނުސީދާކޮށް ކޮލިގެއަށް ދިން އިންޒާރެކެވެ.

ކާމިނީގެއިން ކޮލިގެއަށް މިއަންގާ އެންގުމަކީ، ސިއްކައަށް އެނގެންޏާ ނޮވެމްބަރ 3 ގެ މައުލޫމާތު ކޮލި އަހްމަދު އުމަރު މަނިކާއި މުހަންމަދު އުމަރު މަނިކާ އަލީ އުމަރު މަނިކާއި ތިޔަ ގޭ މުހަންމައިދީއަށް ވެސް އެނގޭނެ ކަމަށް ދިން އިންޒާރެވެ.

އެނގިހުރެ ނޭންގުމޭ ކިޔާ މާމޮޅު ކުށެއް ހަދައިގެން ބޭނުންވާ ކޮންމެ މީހަކަށް ބިރު ދައްކާ އަނިޔާ ދިނީ އެ 30 އަހަރު ކާމިނީ އާއިލާގެ ވެރިކަން ދެމެހެއްޓުމަށެވެ.

]]>
Fri, 09 Dec 2022 12:11:59 +0500 ހީރަސް
ނޮވެންބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި 3 https://heerasnews.com/782 https://heerasnews.com/782 11 ނޮވެމްބަރ 1978 ގައި ފުރަތަމަ ހުވާ ކުރިރޭ އައި ފުރަތަމަ ނޮވެމްބަރ 3 ގައި އެންމެ ވަޒަނެއް ގޮއްވާ ނުލާ ނިމުނަސް 10 އަހަރު ފަހުން ގެނައި އަސްލު ނޮވެމްބަރ 3 ވެގެން ދިޔައީ 19 ދިވެހިން ޝަހީދުކޮށް، ގައުމަށް ގެއްލުން ބޮޑު ނަމަވެސް ކާމިނީ އާއިލާއިން އުމުރަށް ވެރިކަން ކުރުމަށް ކުރި އުންމީދުގައި ދަމާލި ވަރުގަދަ ބިންގަލަކަށެވެ. 88 ނޮވެމްބަރ 3 އަކީ އިލްޔާސް އިބްރާހިމްގެ މައްޗަށް ކާމިނީގެއިން ގަދަވެ ގަތްކަން  ހޮދު އިލްޔާސްއަށް އަންގައި ދިނުމުގެ ފުރަތަމަ މަރުޙަލާއެވެ.

ރޭވުން ހުރި ވަރު ހާމަވާ ކަމަކީ، މާލޭ ފަސްމަތީ ފައިޖެހުނު އިރު ލުތުފީގެ ކޮންޓްރޯލް ގެއްލިއްޖެއެވެ. ލުތުފީ އެ ހުރީ ގަދަވެ ހެޔޮ ހާލުގައެވެ. މިއީ ދޮގެކޭ ބުނި ނަމަ އެއީ ވީގޮތް ކަމަށް ބުނެ ކުރިން އޭނާ ބައެއް މީހުންގާތު ހެދީ ދޮގެވެ.

ފުރަތަމައިނުން ވެސް ކޮމާންޑަރު ވަސަންތީ އަވަސްވެ ގަތީ ގާޒީ ބިލްޑިންގ ކުރިމަތީ ހުރި ފުލުސް އޮފީހާ ޑިފެންސް އިމާރާތުގެ ތެރޭން ލާފައި  އެތެރެވާން ކަމަށް ބެލެވެއެވެ. އެކަމަކު އޭނާއަށް ނޭނގޭ އެހެން ރޭވުމެއް އޭނާގެ ފަހަތުގައި ހުއްޓަތީވެ ސިފައިންގެއަށް ވަނަ ނުދީ ކޮމާންޑަރު ވަސަންތީ އޮތީ މޫނު ވަތަށް ފާރުބުޑަށް މަރާ ވައްޓާލާފައެވެ. 

އެއާ ދާދި ގާތުގައި ރައީސް އޮފީހާ ގާޒީ ބިލްޑިންގ ދެމެދު ގޯޅިއަށް ބަޑިޖަހާ މަރާ ވައްޓާލާފައި އޮތް ތަމަޅަ ހަނގުރާމަ ވެރިޔަކީ ވަސަންތީ މަރާލި މީހާތޯ ސުވާލު އުފެއްދި ދާނެއެވެ.  

ކޮންމެ ގޮތެއް ވިޔަސް 3 ފަށަލައިގެ ބޮޑު ރޭވުމަކުން ހިނގާފައިވާ ކަމަށް ބެލެވޭ 1988 ނޮވެމްބަރ 3 ގެ ގްރައުންޑް ރިއަލިޓީ އިން ފެންނަ ޝައުގުވެރި ކަންކަން ގިނައެވެ.

ފުރަތަމަ ކަމަކަށް ކުރިން ވެސް ބުނި ފަދައިން އެ ބޮޑު އޯކިޑް މަގުގައި ހާމައަށް ހުރި ތީމުގެއާ މާބޮޑު އަޅާލުމެއް ނެތި ހަނގުރާމަވެރިން އެންމެ ފުރަތަމަ ވެސް މިސްރާބު ޖަހާ އެ ދިޔަ ގޮތަށް ގޮސް ވަދެގަތީ މާދުރުގައި ހުރި އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ މއ. ކިނބިގަސްދޮށުގެއަށެވެ. އެގޭ ތެރޭގައި ކުޑަނެވި ތުއްތު މަނިކު ޝަހީދު ކޮށްލީ އިލްޔާސާ ހަމައަށް ދިއުމަށް ހުރި ހުރަހަކަށް އޭނާ ވީމައެވެ. އެއާ ހިލާފަށް ތީމުގޭގައި އުޅުނު މެހި ކުރަފި ހޯނަށް ވެސް ވީކަމެއް ނެތެވެ. 

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމަކީ ރާއްޖެ ދުނިޔެއަށް ހުޅުވުނު މަރުހަލާ އެންމެ ބާރަށް ހިނގި ޒަމާނެވެ. ފަތުރުވެރިކަން ފެށި، އާ ސިނާއަތު  ތަކުން ދުނިޔޭގެ ތެރެއަށް ދިވެހި އިގްތިސާދު އުދުހިގަތް ދުވަސްވަރެވެ. މި މުހިންމު ދަނޑިވަޅުގައި ހާއްސަކޮށް ރާއްޖޭގެ އިގްތިސާދީ ކަންކަން އިންތިޒާމް ކުރުމުގައި ރައީސް ނާސިރުގެ އެންމެ ބޮޑު މަދަރުގާރަކީ މަރްހޫމް ކޮލި އަލި މަނިކެވެ.

ޔުނިވަރސަލް އެންޓަރޕްރައިޒަސް ނިސްބަތްވާ މަޝްހޫރު ބޮޑު ވިޔަފާރި ނިސްބަތްވަނީ ކޮލިގެއަށެވެ. އެއީ 100 ޕަސެންޓް ވިޔަފާރިއަށް ނިސްބަތްވާ، ސިޔާަސީ ކަންކަމުން ދުރުހެލި ވެގެންތިބޭ އާއިލާ އެކެވެ. ގުޅީ އީސާ ކަލޭފާނަށްވީ ހުރިހާ ގޮތެއް ކޮލިގޭ ކުދިންގެ ބައްޕަ މަރްހޫމް ޢުމަރު މަނިކުގެ ދަރިންނަށް ދެއްވި އެންމެ އަގުހުރި ފިލާވަޅުކަމުގައި ފުދެއެވެ.

ވިޔަފާރިއާ ސިޔާސަތު ކިތަންމެ ދުރު ކުރަން ބެލިޔަސް ކޮލިގެއާ ގުޅޭ އެއް ސަރކިޓް ސިޔާސީ ކަންކަމުގެ ވަތުބަތާނާ މާކުރިންސުރެ ހުރީ ގުޅިފައެވެ. އާދައިގެ ގޮތަކަށް އެސަރކިޓް ބްރޭކްކޮށް ވައްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އޭގެ އެއްނަރު ގުޅިފައި އިނީ ކޮލިގެއަށެވެ. އަނެއްނަރު ގުޅެނީ ކާމިނީގޭ ކުދިންގެ ބޮޑުފަހަރި، މައުމޫނުގެ އަނބިކަނބަލުން މާފަންނު އެންދެރިމާގޭ ނަސްރީނާ އިބްރާހީމަށެވެ.

]]>
Thu, 08 Dec 2022 18:38:56 +0500 ހީރަސް
ސިއްކަ އެނބުރިއައުން: ޔާމީނަށް ހަޖަމެއްނުވި https://heerasnews.com/781 https://heerasnews.com/781 ނޮވެންބަރ 3ގެ އުދުވާނާ ގުޅުވައިގެން ޒާތްޒާތަށް ޔާމީނުގެ އަޅުކުދިން އެ ވާހަކަ ދައްކަނީ ހާދަހާވާ އަސަރެއް ކުރާތީއެވެ. ނޮވެންބަރ ތިނެއްގެ އުދުވާނު ހިންގި އެކަކު ކަމުގައިވާ ސަގަރު ނާސިރު މިނިވަންވެގެން ރާއްޖޭގައި އެހެރަގެން އުޅެނީއެވެ. ކަރޯ އައްބާސާއި އަބްދުﷲ ޝާހިދު ވެސް މިނިވަން ކަމާއެކު އެބައުޅެއެވެ. ޕައިލެޓް ނައީމް ވެސް ހަމަ އެހެނެވެ. އުމަރު ޖަމާލު ވެސް މިނިވަންކަމާއެކު ވިޔާފާރި ކުރުމުގައި އަވަދި ނެތި އެހެރަގެން އުޅެނީއެވެ. ބުނެވި ދިޔަ އެންމެންނަކީ ވަރަށް ބޮޑެތި ހުކުން އިއްވާ ހުކުން ތަންފީޒު ކޮށްފައި ތިބި މީހުނެވެ. އެ މީހުންނަކީ އުޅޭ ބައެއްކަން ވެސް ނޭނގެއެވެ.

ސަގަރު ނާސިރު

ބުނެވި ދިޔަ އެންމެން ދެކެ ނުގަންނަ ބިރެއް ސިއްކަ އަހުމަދު އިސްމާއީލް މަނިކު ދެކެ ބަޔަކު މިގަންނަނީ ކީއްވެ ހެއްޔެވެ. ހަމަތެދެކެވެ. ސިއްކަ އަހުމަދު އިސްމާއީލް މަނިކު ރާއްޖެ ވަޑައިގަތުމުން ޔާމީނުގެ އައުވާނުންނަށް ހަޖަމެއް ނުކުރެވުނެވެ. ރައީސް ސާލިހުގެ އަނބިކަނބަލުންގެ ބައްޕާފުޅަށް ވީތީއެވެ. ސިޔާސީ ގޮތުން ހަސަދައާއި ފިތުނަވެރިކަން ފެތުރުމަށް ނޮވެންބަރު ތިނެއްގެ އުދުވާނުގެ ވާހަކަ ބަޔަކު ދައްކަނީކަން ގިނަ ދިވެހިންނަކަށް ނުއޮޅެއެވެ.

ސިއްކަ އަހުމަދު އިސްމާއީލް މަނިކު ގެ ނަން ގަންނަ ކޮންމެ ތަނެއްގައި ނޮވެންބަރ 3 ގެ މޭސްތިރިޔާ ކަމަށް އިދިކޮޅުން ބުންޏަސް ނޮވެންބަރ ތިނެއްގެ އުދުވާނުގެ މޭސްތިރިންނަކީ ކޮންބައެއްކަން މީހުންނަކަށް ނޯޅެއެވެ. ޔާމީނުގެ އައުވާނުން ސިއްކަ އަހުމަދު އިސްމާއީލު މަނިކުގެ ބޮލަށް އެ އުދުވާނު ކަނޑާލަން އުޅުނަސް އެކަމެއް މިހާރަކު ނުވާނެއެވެ. މައުމޫނަކީ މުޅި ޝަރުއީ ނިޒާމްކަމުގައި އޮތް އިރު މައުމޫނަށް ނުވިކަމެއް މިއަދު އަމްދުން ނުވާނެއެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ސިއްކަ އަހުމަދު އިސްމާއީލު މަނިކު ބޮލަށް ކަނޑާލަން މައުމޫނު ކުރިހާ މަސައްކަތުން އޭރު ނުވިކަމެއް މިހާރަކު ދެނެއް ނުވާނެއެވެ.

އެނގި ހުރެ ނޭންގުމުގެ ކުށަކީ ރާއްޖޭގެ ގާނޫނުލް އުގޫބާތު މިހާރަކު ދަންނަ ކުށެއް ވެސް ނޫނެވެ. އެއްވެސް ވަރަކަށް އެ އުދުވާނުގައި ސިއްކަގެ ބައިވެރިވުމެއް އޮތްކަން ސާބިތެއް ނުކުރެވުނެވެ. މައުމޫނު އުޅެއުޅެ ބައްޔަށް ވީވަރަކީ އެނގި ހުރެ ނޭންގުމުގެ ކުށް ސިއްކަގެ މައްޗަށް ސާބިތު ކުރުމެވެ. ބައިވެރިވިކަން ސާބިތު ކުރެވޭނީ އެއްވެސް ވަރެއްގެ ބައިވެރިވުމެއް އޮތްނަމަތާއެވެ.

ނޮވެންބަރު 3 ގެ އުދުވާނާ ގުޅިގެން ކުށް ސާބިތުކޮށް ހައްޔަރު ކުރި މީހުންގެ ތެރޭން އެންމެ ފުރަތަމަ ވެސް ބަންދުގައި ތިން އަހަރުވެސް ނުވަނީސް މައުމޫނު މާފުދީ ދޫކޮށްލީ ވެސް ސިއްކަ އަހުމަދު އިސްމާއީލު މަނިކެވެ. ހަގީގަތުގައި ވެސް ސިއްކަ އަހުމަދު އިސްމާއީލް މަނިކުގެ އެއްވެސް ދައުރެއް އެ އުދުވާނުގައި ނެތްކަން އޭރު ވެސް މިހާރު ވެސް މައުމޫނު ގަބޫލު ކުރެއެވެ. ސިޔާސީ ގޮތުން ފްރޭމް ކޮށްގެން މީހުން ހިފާ ހައްޔަރުކޮށް ޖަލަށްލުމަކީ ކާމިނީގޭ ކުދިންގެ ކަށީގައި ހިފާފާ ހުންނަ އާދައެކެވެ.

ރައްޔިތުން ބިރުގަންނަވާ ފަސާދަ އުފައްދަން ޔާމީނުގެ އައުވާނުން ކޮށްފައި ނުކުރާނެކަމެއް ނޯވެއެވެ. ހައްގަކާނުލާ މީހުންގެ އިއްޒަތުންނަފްސް ކަތިލާލުމަކީ ޔާމީނުގެ އަޅުކުދިންނަށް އެއްވެސް ކަމަކަށް ނުވެއެވެ. އެގޮތުން ނޮވެންބަރ 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީއާއި ހަވާލާދީ މައުމޫނު އަވަހާރަކޮށްލަން ސިއްކަ އެދުނު ކަމަށް ލުތުފީ ބުނި ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން މިދިޔަ ނޮވެންބަރ 2 ވަނަ ދުވަހު https://dhiyares.com ރިޕޯޓްކޮށްފައި އޮތެވެ. ޖަލުގައި ހައްޔަރުކޮށްފައި ހުރި އަބްދުﷲ ލުތުފީއާއި އެ ނޫހުން ފޯނުންގުޅި ކަމަށް އެ ރިޕޯޓްގައި އޮތެވެ.

އެއްވެސް މީހަކަށް ޖަލު ބަންދުގައި ހުރި މީހަކާ ފޯނުން ވިޔަސް ވާހަކަ ދައްކާ މައުލޫމާތު ހޯދޭނީ ޖަލު ބަލަހައްޓާ މުއައްސަސާއިން ގަވައިދުން ހުއްދަ ލިބިގެންނެވެ. ލުތުފީއާއި ފޯނުން ގުޅައިގެން ވާހަކަ ދައްކާ މައުލޫމާތު ހޯދުމުގެ ހުއްދައެއް އެ ނޫހުން ހޯދާފައެއް ނެތެވެ. އެހެން ކަމަށް ވާނަމަ އެ ނޫހުން މައުލޫމާތު ހޯދާފައި އެވަނީ ގާނޫނާ ހިލާފަށެވެ. ޖަލަށް ފޯނު ވައްދުވައިގެން ލުތުފީއާއި ވާހަކަ ދެއްކުމަކީ ހިންގި ޖަރީމާއެކެވެ. ޑްރަގް ޕާޓޭންނެކޭ ތަފާތެއް ނެތެވެ. އެހެން އެކަން ނުވާނަމަ އެއީ ލުތުފީ ނުދައްކާ ވާހަކައެއް ދޮގު ހަދައިގެން އެ ނޫހުން ފެތުރި ފެތުރުމެކެވެ. ދެ ގޮތުން ކުރެ ކޮންމެ ގޮތަކަށް ވީނަމަވެސް އެއީ ސިޔާސީ ބޭނުމުގައި ހިންގި ބޮޑު ޖަރީމާއެކެވެ. މީހަކު މެރުމުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫނެވެ. ޓެރެރިޒަމެވެ.  

]]>
Thu, 08 Dec 2022 15:14:58 +0500 ހީރަސް
ނޮވެންބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި2 https://heerasnews.com/778 https://heerasnews.com/778 ވެރިކަން ދޫކޮށްލަން ނާސިރު ނިންމެވި އިރު އަރިހުގައި ހުންނެވި އެންމެ އިތުބާރު ހިފޭ ހިންގުންތެރި ބޭފުޅަކީ އެންދެރިމާގޭ އިލްޔާސް އިބްރާހީމެވެ. އަން ކިޔާފައި ދިއްކޮށްލެވޭނެ ނަމަ ނާސިރަށް ފަހު ވެރިކަން ހަވާލު ކުރައްވަން ނާސިރު އެންމެ އެދިވަޑައިގަތް ބޭފުޅަކީ އިލްޔާސް އިބްރާހީމް ކަމަށް ދެކޭ މީހުން ގިނައެވެ. އިބްރާހީމް ނާސިރަކީ މާގިނަ ވާހަކަ ދައްކަވާ އަނގަޗަރާޑި ހެއްދެވިގެން ރަށުތެރޭގައި އަތް އުކާ ދެބުމަ ގޮއްޖަހައިގެން ކާމިނީގޭ ޔާމީނު ފަދަ "ޕާޓޭ" އަހުލާގު ދެއްކެވި ބޭފުޅެއް ނޫނެވެ. އެއީ ކަންކުރައްވާ އިރު ބަސްމަދު ކުރައްވާ ރައީސް އިބްރާހިމް މުހަންމަދު ސާލިހު ފަދަ ބޭފުޅެކެވެ.

މާލޭގެ ނަންހުރި ވަރުގަދަ އާއިލާ ތަކުގެ ލިސްޓަށް އެއް އިރެއްގައި ވެސް ކާމިނީގެއެއް ނާރައެވެ. މައުމޫނަށް ލެއްވި އެންމެ ބޮޑު ނަސީބަކީ ޅިޔަނު އެންދެރިމާގޭ އިލްޔާސް އިބްރާހިމެވެ. އޭރު އަދި ވަރަށް ޒުވާން ބޭފުޅަކަށްވާތީ ވެރިއެއްގެ ގޮތުގައި އިލްޔާސްގެ ނަން ދިވެހިންގެ އަރުން ދިރެން ދަތި ވާނެކަން ނާސިރަށް އެނގިވަޑައިގަނެއެވެ. އެހެން ކަމުން 1978 ގެ 10 އަހަރު ފަހުން 1988 ގައި އިލްޔާސް އިބްރާހީމް ވެރިކަމަށް ވަޑައިގަތުމާ ދެމެދުގެ ދޭތި ބެއްދިއެއްގެ ގޮތުގައި ނާސިރު މައުމޫނަށް އާނ ބަސް ނުދެއްވި ނަމަ މައުމޫނަކީ އެމީހާ ނޫންކަން ހޮދު މައުމޫނަށް އެނގި ވަޑައިގަނެއެވެ. ދުރު މީހަކަށް ވުރެ އިލްޔާސްއާއި މައުމޫނުގެ ގާތް ކަމަކީ ނާސިރުގެ ރުހުން މައުމޫނަށް ލިބި ވަޑައިގަތް ކަމަކަށް އޮތީ ވެފައެވެ.

ގާނޫނީ ގޮތުން ޑިފެންސް މިނިސްޓަރަކީ އޭރު ރައީސުލްޖުމްހޫރިއްޔާއެވެ. އެހާ ޅައުމުރު އިލްޔާސަށް ޑިފެންސްގެ ނައިބުކަމާ ދައުލަތުގެ އާރާ ބާރާ ބުރޯކަން އޮތުމަކަށް ކާމިނީގޭގެ ހިތް ހަލާލު ނެތުމަކީ އެކަން ވާނެ ގޮތެވެ.

މައުމޫނުގެ 10 އަހަރު ނިމި އިލްޔާސްގެ ތާރީހު ގާތް ވަމުން އަންނަ އިރު ޑިފެންސްގެ ނައިބާ ދެކޮޅަށް ފިސާރި ކަންތައް ގަނޑެއް ހިލުވާލެވި، އިލްޔާސް އިބްރާހީމް ޗާޓުން ބޭރު ނުވެއްޖެ ނަމަ އެއީ ކާމިނީގޭ ވެރިކަމަށް އޮތް ބިރެކެވެ.

މާލެ އެރިގޮތަށް ސިފައިންގެއަށް ހަމަލާ ދިނުމަށް ފަހު އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ ކިނބިގަސްދޮށުގެ އަށް ދިޔަ މަގުތީގައި މައުމޫނު ދިރިއުޅުއްވާ ތީމުގޭ އަނބުގަހަށް ބަޑިތަޅާލުން ނޫން ކަމެއް ތަމަޅައިން ނުކުރެއެވެ. ވަންނަން ބަލައިފިނަމަ އޭރުގެ ތީމުގެ ހުރީ މާތިރި ފާރެއްލާ ދެރަވަރު ގޮތަކަށެވެ. އެކަމުން ގައިން ތެޔޮހަން ދިޔަ މީހަކު ވެސް ތީމުގެއަކު ނެތެވެ. ފަތިސް ވަގުތު ތީމުގެއިން ނިކުމެ ވަޑައިގެން މަޑުމަޑުން ހިންގަވާފައި ހަތިޔާރު އެޅި ތަމަޅައިން ކައިރިންލާފާ މ. ގުލިސްތާނުގެއަށް މައުމޫނާއި އާއިލާ ވަންނަވަން ދެން އެމީހުން ކުޑަވެސް ގޯނާއެއް ކޮށް ނުލާ ބަލަން ތިއްބެވެ. އެކަމަކު ތީމުގެއާއި މާދުރުން ފަރީދީމަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ މަސްހޫރު ގޯލު ކީޕަރު ހަމީޒު ބަޑިޖަހާ މަރާވައްޓާލި ތަމަޅައިން މައުމޫނު އަރިހުން ހޭވެސް އަހާނުލައެވެ.

އެހެނެއް ކަމަކު އިލްޔާސް ދިރިއުޅުއްވާ ކިނބިގަސްދޮށުގެއަށް ތަމަޅައިން ވަދެގަތެވެ. ސިފައިންގެ އޮފިސަރެއް ކަމަށްވާ ކުޑަނެވި ތުއްތުމަނިކުގެ މެއަށް ދާދި ގާތުން އަމާޒުކޮށް ބަޑިޖަހާ ޝަހީދު ކޮށްލިއެވެ. އިލްޔާސް އިބްރާހީމަށް ފުރާނަ އާއިގެން ސަލާމަތް ވެވުނީ ސިކުންތު ކޮޅެއްގެ ފަރަގުން އެ މަނިކުފާނުގެ އަނގުންތައް ބިނދިފައިވާ ހާލުކޮޅުގައި ކިރިޔާއެވެ. ކާމީނީގޭ ކުއްޖެއްގެ ގައިގާ ކޫރުމެއް ވެސް ނޭޅެއެވެ.

ހިނގާ ކަންކަމާ މެދު ނުވިސްނާ ތިއްބަކަސް އެނގޭނެ އެއްޗެއް ނޯންނާނެއެވެ. ބޭރުފުށުން ދައްކާ ކުލަވަރާ އިއްވާ އަޑާ މަންޒަރުގެ ބޮޑު ބަޔަކީ އޮޅުވާލުމެވެ.

]]>
Wed, 07 Dec 2022 18:37:06 +0500 ހީރަސް
ޔާމީނަށް ދިން ދައުވަތަކަށް ވޯލްޑްކަޕް ބަލަން އިބޫ! https://heerasnews.com/774 https://heerasnews.com/774 އަނދެ ހުރި ފޮށާ ބޭލުނު އިރު ވެސް ލަދެއް ހަޔާތެއް ނެތިގެން ޔާމީނު އުޅުނީ ރައްޔިތުން ފާޑު ނުކިޔާތީ ހެއްޔެވެ. ވެރިކަމަށް  އައިސް  ދަރިންގެ  ކުލި  ނުދެއްކިގެން  ވައުދު  އުވާލާ  ފުލް  މުސާރަ  ނަގާ  މާލޭން  ބިންގަނެ  އެކައުންޓަށް  100  މިލިއަން  ވެއްދި  ގޮތެއް  ކިޔައި  ނުދީ  އެ ހުންނަނީ  ފާޑު  ނުކިޔާތީ ހެއްޔެވެ.

އަމިއްލަ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ގޮތް ނޭނގޭ މިލިޔަން ޑޮލަރު ހަލާލެއް ހަރާމެއް ނުބަލާ ދިރުވާލައިގެން ހުރެ އޭސީސީ އާއިއެކު ހެދި އެސްކްރޯ އެކައުންޓަށް މުސާ ޒަމީރު އަތުން އެއް މިލިޔަން ޑޮލަރު ނަގައިގެން ޖަމާކުރީ މީހުން ފާޑު ނުކިޔާތީ ހެއްޔެވެ. 

ހެއްދެވިހާ ކުނިފުޅަ ތިމާއާއި ދިމާލަށް ގޮވާ ވަގުބުޅަލަށް ގޮވާ އެއް ގޮތެއްގައި ނުހުރެވޭ މަރު ކޮހަކު ދިފާއީ ވަކީލަކަށް ލައިގެން ހެކި އުފައްދާ ވައްކަމުން ރެކެން އުޅޭ އިރު ފަހުން އެ މަރުކޮސް ނިކުމެ ގޮވާފާނެ އެއްޗަކާ މެދު ފިކުރެއް ނުހުންނާނީ ލައްކަ ލަދު ނުގަންނަތީތާއެވެ. ހަތުރެއް މިތުރެއް ނެނގޭހާ ގަމާރީ މީހުން އެއްޗެހި ނުކިޔާތީ ހެއްޔެވެ.

އަނބިމީހާ، އުފަން ދުވަހު ހިލޭ ފިރިހެނަކު ދިން ޖަވާހިރާ އަލިމަސް ޖެހި ރަން އަނގޮޓި އަޅުވައިގެން އެމީހާ ދިން ކާރަށް ލައިގެން ދަތް ދިލުވައިގެން ހުރީ މީހުން ފާޑު ނުކިޔާތީ ހެއްޔެވެ. ސިންގަޕޫރަށް ބޮލުބޭހަށް ކުރިހާ ދަތުރަށް ފައިސާ ދެއްކީ ސީދިބޭ ތަރިކައިން ލިބުނު ބައު ފަހާފޮށި ގަނޑު ވިއްކައިގެން ލިބުނު ފައިސާއިން ހެއްޔެވެ. އަރިހުގާ ގެންދިޔަހާ ގަހުރަމާނުންނާ ހަށިފާރަ ވެރިންނާ ފަޓާނީންނަށް ހަރަދު ކުރީ މުރަނގަފަތް އަޅައިގެން ސީދިބޭ ހަލާލުކުރި ވެލާފޮޅި ވިއްކައިގެން ހެއްޔެވެ. 

އަސަރު ކުރާނެއެވެ. ވެރިކަމުގައި ފަސް އަހަރު ހުރި އިރު ވޯލްޑް ކަޕެއް ބަލައިލަން ދައުވަތު ގަނޑެއްވެސް މީހަކު ދިނީއެއް ނޫން ވިއްޔާއެވެ. ދެރަވާނެއެވެ. ދެފައިތަޅާ ރޯންވެސް ރޮވޭނެއެވެ. އެހެން  މީހުންގެ  ލަދު  ހަޔާތް  ހުންނަކަން  އެނގޭނީ  ލަދާ  ހަޔާތުގެ  ކަންފުޅެއްވެސް  ހުރިނަމަތާއެވެ. 

އަސްލުގައި ވެގެން މިއުޅެނީ އެހެން ގޮތެކެވެ. ޔާމީނު ވެރިކަމުގައި ހުރެ ގަތަރާ ސިޔާސީ ގުޅުން އޮތީ ކަނޑާލާފައެވެ. ގަތަރާ ރައްޖޭން ސިޔާސީ ގުޅުން ކަނޑާލުމަކީ ގަތަރު ފިސާރި ބޭނުން ވެގެން އުޅުނު ކަމެއް ވިއްޔާއެވެ. ގަތަރުގައި ވޯލްޑްކަޕް ބޭއްވޭ ފަހަރު ގުޅުން ކަނޑާލުމުގެ ހަދިޔާއެއްގެ ގޮތުން ވޯލްޑް ކަޕް ބަލައިލަންދާން ޔާމީނަށް ދައުވަތު ނުދީ އެއް ގަތަރަކަށް ނުވާނެތާއެވެ. އެހާ ބޭނުން ވެގެން ގަތަރުން ޔާމީނަށް ދިން ދައުވަތަކަށް އިބޫ އެއް ކަމަކު ގޮސްގެން ނުވާނެތާއެވެ.  

]]>
Mon, 05 Dec 2022 20:40:47 +0500 ހީރަސް
މީކާއީލް ވެސް ކުއްލިޔަކަށް އެވީ ބޯވަޔަކަށް https://heerasnews.com/752 https://heerasnews.com/752 އިއްޔެއާއި ހަމައަށް ރަނެއް މަލެއް ފަދަ މީކައީލު ނަސީމް މިއަދު އެއޮށްވީ ބޯވަ އަކަށެވެ. ނަޝީދު ކިޔާހާ ލަވައަކަށް ނުނަށާ ކޮންމެ މީހަކީ ބޯވައެކެވެ. އެހިސާބުން އެމީހަކު އެހުރީ ވިކިފައެވެ. އެ މީހަކު އެ ހުރީ ވަޒީފާއެއްގެ ދަށުވެފައެވެ. ބިޑެއްގެ ދަށުވެފައެވެ. ލާރިގަނޑެއް ނުހައްގުން ކާލައިގެނެވެ. ނަޝީދު ކަލްޓުން މީހުން ވަޒަން ކުރަނީ މި މޭރުމުންނެވެ.

ނަޝީދަށް ތާއީދުކޮށް ނަޝީދަށް ސަނާކިޔާ މީހަކީ ކިލައެއް މިލައެއްނެތް ޖަވާހިރެވެ. ކިތަންމެ ބޮޑު ގޯސްތަކެއް ހަދާފައި ހުއްޓަސް ނަޝީދުގެ ވިސްނުމާ އެއްގޮތަށް އެނބުރޭ ކޮންމެ ބުމަރަކީ އެހާމެ މައުސޫމު ހަޑިކަމެއް ނެތް މަލުމަލު ހުދު ފޮތްޗެވެ. ޕާޓީގެ ވިޕްލައިނަށް ބޯލަނބާ ބަޖެޓަށް ވޯޓު ދިނުމުން އެ އޮށްފަދަ މީކައީލް ނަސީމަށް ވެސް އެ ޖެހުނީ ފުޅަނގީގެ ހާލެވެ.

ނަޝީދު އެޅިހާ ބަތަކަށް ރިހަވެން އުޅޭތީ އަލީ އާޒިމަކީ މި ވަގުތު ގައުމީ ބަތޮލެކެވެ. ދަބަހުގައި ކާރުގެ ޑިކީއަށް އެމްއެމްޕީއާރުސީގެ ފައިސާ އަޅައިގެން އުފުލި ކަމަކަށް ނުވެއެވެ. ޑީއާރުޕީ ފުޑާލާފައި އެމްޑީޕީ ފުނޑާލަން އައި ކަމަކަށް ވެސް ނުވެއެވެ. މިއަދު އަލީ އާޒިމަކީ ހުރި ގޮތަށް ހުރި ސިއްދީގެކެވެ. އަނެއް ކޮޅުން މާލެ ސިޓީ މޭޔަރު ކަމުގައި ހުރެ ޝިފާ މެޑަމް ފާޅުކަން ބޮޑު ހެކިތަކާ އެކު ހިންގި ޖަރީމާއެއް ވެސް އަމްދުން އޮތް ކަމަކަށް ނުވިއެވެ. 

ޔޫތު މިނިސްޓަރ ކަމުގައި ހުރެ ހަސަން ލަތީފު މިލިޔަން މިލިޔަނުން ކޮރަޕްޝަން ހިންގި ކަމަކަށް ނުވެއެވެ. ބޮންޑާ ފުއްގިރި ވަގު ޑީލުގައި ލޯލާރިއެއް ވެސް ހޯދި ކަމަކަށް ނުވެއެވެ. ޔާމީނު ސަރުކާރުން ބައި އަޅައިގެން އީވާގެ ފިރިކަލުން ލިފްޓްގެ ޑީލް ހެދިކަމަކަށް ވެސް ނުވެއެވެ. މުސްތަފާބެ ވަގަށް ކަހަނބުފަތާ އެންދެރިޔާ މިޔަރު އުރަހަ ބޭރުކުރި ކަމަކަށް މިހާރަކު ނުވެއެވެ.

ލެޕްޓޮޕް ކުރިމަތީ ސިއްޕެ އަތުބުރުޖެހި ކަމަކަށް ވެސް މިހާރަކު ނުވެއެވެ. އާއިލީ މަސްލަހަތު އޮތް ރިސޯޓެއް ބާރާ ނުފޫޒުން އިމްތިޔާޒް ފަހުމީ ހޯދައިދިން ކަމަކަށް ނުވެއެވެ. ކޮއްކޯފުޅު އަލަމްގިރީގެ އަނތްބަކަށް ވުމަކީ މައްސަލައަކަށް ނުވެއެވެ. ހިޔަލީ ރަޝީދާއި ވިލުފުށި އަފީފްގެ މަސްލަހަތު އޮތް ކުންފުންޏަށް ގަދަ ބަދަވި ނުފޫޒުން ކޮވިޑް ޓެސްޓްކިޓް ޑީލް ހޯދައިގެން ރައްޔިތުން ފެލުމުގައި ވިލުފުށި އަފިފާއި ހިތަދޫ އަރާއިރު ރަޝީދާ އުޅޭ ކަމަކަށް ނުވެއެވެ.

އިލްޔާސް ލަބީބުއާއި އީވާގެ ފިރި ސާބެގެ ކުންފުންޏަށް އެގޮތް މިގޮތަށް ބިޑްތައް ކަހާލައިގެން ނާޖާއިޒު ފައިދާ ހެސްކިޔާފައި ނަގަމުން ދާކަމަކަށް ވެސް ވަނީއެއް ނޫނެވެ. ސަރުކާރު ތެރޭގައި ތިބެ ނަޝީދަށް ކަންފަހި ކޮށްދީ ސަރުކާރު ފެއިލް ކުރަން ރޭނިދި ނުނިދާ އުޅޭ އަޅުންގެ އަޅުން މުސާރަ ނަގައިގެން ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް އެ މީހަކީ ވަރަށް ގަދަ މީހެކެވެ. މިކަހަލަ ހައްސައެވެ. ރުހުމުގެ ލޯހުންނަނީ ކަނު ވެފައެވެ.

އެކަމަކު ބުނަން ހެއްޔެވެ. މި ބުނެވުނު މީހުންގެ ތެރެއިން އެކަކުވެސް ނިކަން ލަވަ ބަދަލު ކޮށްލަ ބަލާށެވެ. ނުގޮވާ ކުނި ފުޅައެއް ނުކުރާ ނުބައިކަމެއް ނުއޮންނާނެއެވެ. ހުރި މައުސޫމުކަން ފިލާ ރަތް މަހަށް ނުގޮވާ އެއްޗެހި ގޮވާނެއެވެ. ނުވިތާކަށް ނިސްބަތްވާ ދަރި ފަސްކޮޅުގައި ވެސް މުޖުރިމަކު ނޫނީ ހުރިކަމަކަށް ނުވާނެއެވެ. 

ރޮޒޭނާއާއި މަވޯޓާ ޝަރީފާއި ދެންވެސް ތިބި ބަޔަކު މިހާރު ކިޔާ ލަވަ އަނެއް ކޮޅަށް ކިޔަން ފަށާ ބަލާށެވެ. ފިސާރި ތެދުވެރި ފިސާރި ކެރޭ ކުންޏެއް ބުންޏެއް ނެތް ބަޔަކަށްވެ ސާފު ތާހިރު ބޯކިރު ފޮދަކަށް ވާކަށް ލަހެއް ފަހެއް ނުވާނެއެވެ. ބޯވަޔަކަށް ކުރަތްޕަކަށް ހިކަންޖަކަށް ނުވާނެއެވެ. ވިކުނު ކަމަކަށް ވަޒިފާގެ އަޅަކަށްވީ ކަމަކަށްވެސް ނުވާނެއެވެ.

ހަމަތެދެކެވެ. މޭމަތީގައި ނަޝީދުގެ ފޮޓޯ ޖަހައިގެން މަގުމަތީގައި މުޒާހަރާ ކުރަމުން ދިޔައިރު ރޮޒޭނާ ވަރުގެ ކަނބަލެއް އުޑު ދަށުގައި ނެތެވެ. ޑޮނާޑު އާދަންފުޅު ނުފޫޒުން ގޯތި ބަދަލު ކުރި ކަމަކަށް ވެސް ނުވެއެވެ. ޑީއާރުޕީ ފުނޑާލާފައި އައިސް އެމްޑީޕީއަށް ވަނތް ބޯވައަކަށް ވެސް ނުވެއެވެ. ބޯޅަކިންކިރިމާ ބޮލުގައި ޖަހައިގެން ދެފުށުން ފިރުމާ ކޯޑިހައްދައިގެން ކެންޕޭނު ތަކަށް ގެންގޮސް ކަރުފަޅައިގެން ދާވަރަށް އަޑުލައްވަން ގެންގުޅުނު އިރު ރޮޒައިނާގެ ނެތް މޮޅުކަމެއް ނެތެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮ ވާހަކަ ރޮޒައިނާ މިހާރު ދައްކާތީ އެކަން ނަޝީދުގެ ގަބީލީ ވިސްނުމަކަށް ހަޖަމެއް ނުކުރެވެއެވެ.

މީކާއީލް ނަސީމަށް ވެސް ވާނީ އެހެންތާއެވެ. ފިސާރި ހަން ބޯ ނުވެއްޖެއްޔާ ބަލިކަލޯ ހައްދާ ބޮލަށް ނާޅާނެ ތުޅައެއް ނުއޮންނާނެއެވެ. ރަންކޮޅާއެވެ. ނަޝީދަށް ވަފާތެރި ނޫން ކޮންމެ މީހަކީ ހޫނު ތެޔޮ ތާހަކަށް އެރިހުރި މީހަކަށް ހަދާލާނެއެވެ. ފިއްސާ ހަފުސް ކޮށްލާނެއެވެ. ނަޝީދާ ހަމައިން އެމްޑީޕީ ދުށް ބައެއް މީހުން ދެކޭ ގޮތުގައި އެމްޑީޕީއަކީ ނަޝީދަށް ރާއްޖޭގެ ވެރިކަން ހޯދާ ދީގެން ނަޝީދުގެ ވެރިކަން ދަމަހައްޓަން އުފެދިފައި އޮތް ނަޝީދުގެ ސަވާރީއެކެވެ. ވެރިކަމާ ނަޝީދާ ދޭތެރޭގައި އޮންނަ ބުރިޖެކެވެ. އެ ގޮތަށް ގަބުލުކުރާ ބަޔަކަށް އެމްޑީޕީގައި އެހެން މީހަކު ކިތަންމެ ރަނގަޅަށް ކުރާކަމެއް ވެސް ބަލައެއް ނުގަނެވޭނެއެވެ. އާނއެކެވެ. ގަބީލީ އެމްޑީޕީ އަހުލުނަށް އަދުލަކީ އިންސާފަކީ ހައްގަކީ ނަޝީދާއި ނަޝީދުގެ ގޮތެވެ. އެކަމަކު އެއީ މާޒީއެވެ.

]]>
Tue, 29 Nov 2022 16:19:09 +0500 ހީރަސް
ޔާމިނަށް ވޯޓް ހޯދާދޭން އުޅުމަކީ ބަލާވެރި ކަމެއް! https://heerasnews.com/739 https://heerasnews.com/739 ރާއްޖޭގެ 15000 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުން ދާކަން އެކުދިންނަކަށް ނޯޅޭނެއެވެ. އެކުދިންގެ ބެލެނި ވެރިންނަކަށްވެސް ނޯޅޭނެއެވެ. މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ސުޖާއަށް އެކަން ވާނީ ބަލާވެރި ކަމަކަށެވެ. ޔާމީނަށް އެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންގެ ވޯޓު ނުލިބުމަކީ ސުޖާއަށް ވަރަށް ބޮޑު ބަލާވެރި ކަމަކަށް ވާނެއެވެ.

އެކަމަކު ކުރާނީ ކީއްހެއްޔެވެ. ޔާމީނަކަށް ސުޖާއަކަށް އެކުދިންނަކަށް އެ ކަމެއް ކޮށެއް ނުދެވުނެވެ. ސުޖާމެން އުޅުނީ ދައުލަތް ދަވާލެވޭތޯއެވެ. އެކަން ފިސާރި ރަނގަޅަށް ކުރީމު ނޫން ހެއްޔެވެ. ދަވާލި ފައިސާއިން ބައިއެޅި މީހުން ފަހަރެއްގައި ޔާމީނަށް ވޯޓު ދީވެސް ފާނެއެވެ. އެކަމަކު ހިލޭ ޑިގްރީ ހަދާ ކުދިންނާ އެ ކުދިންގެ އާއިލާ ތަކުގެ ވޯޓު ހޯދުން ހަގީގަތުގައި ވެސް ސުޖާމެނަށް ވާނީ ނިކަން ބޮޑު ބަލާ އަކަށެވެ.  

މިސްކިތާއި އިމާމުންގެ ވާހަކަ މާލޭސިޓީ ކައުންސިލުގައި ތިބެ ސުޖާމެން ނުދައްކާށެވެ. މަލޭގެ މިސްކިތް ތަކުގެ ކަރަންޓް ބިލު ނުދައްކާ މިލިޔަނުން ހަރަދު ކޮށްގެން ސްޓާފް ނައިޓު ބާއްވާ ބަޔަކު އިމާމުންނޭ މިސްކިތޭ ކިޔަން ލަދެއް ހަޔާތެއް ނެތެވެ.

ތިޔަ ބުނާ އިމާމު ކޯހަކަށް ދައްކަންޖެހޭ ލޯލާރިއެއް ވެސް އިމާމެއްގެ އަތުން އިސްލާމިކް ޔުނިވަރސިޓީ އަކަށް ނުނަގާނެއެވެ. ސަރުކާރު ޒިންމާ ވެގެން ރާއްޖޭގައި ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ކޮންމެ މީހަކަށް ދައްކަން ޖެހޭ ކޮންމެ ފައިސާއެއް ދެއްކުމުގެ ހުރިހާކަމެއް ހިނގާނީ އެ ޔުނިވަރސިޓީއަކާ ސަރުކާރާ ދެމެދުގައެވެ. ސަރުކާރުން ދައްކަން ޖެހޭ ފައިސާއެއް ދަރިވަރު ލައްވާ ދައްކުވާކަށް އިސްލަމިކް ޔުނިވަރސިޓީ ފަދަ ސަރުކާރުގެ ޔުނިވަރސިޓީއަކުން އަމްދުން ނޫޅޭނެއެވެ.

ތިޔަ އުޅެނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. އާނއެކެވެ. ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ދަރިވަރުން ފެންވަރާ ޗޯކުޖަހާ ހަވީރު ފިނިބުރު ޖަހަންދާ ހަރަދެއް ހިލޭ ޑިގްރީ ސްކީމަކުން ނުދޭނެއެވެ. މީހަކަށް ވެރިކަމެއް ހޯދަދޭން ބޫތުކައިފައި ތިއްބަސް ހޭކެނޑޭކަށް ނުވާނެއެވެ. ޔާމީނު ކުރިން ނުކުރި ކަމެއް ދެން ވެސް ނުކުރާނެއެވެ. ހަމަ ތެދެކެވެ. ޔާމީނަށް ވެރިކަން ހޯދަދޭން ތިޔަ ފާޑަށް ރުނބާ މުށިން ގައިވީދުން ސުޖާމެނަށް ވާނީ ހަމަ ބޮޑު ބަލާ ވެރި ކަމަކަށެވެ.

]]>
Sat, 26 Nov 2022 17:25:40 +0500 ހީރަސް
މާވަޑި އާދަނަށް މަޑުއްވަރި ފެނުނީ ފޮނުވަތު ހޮނދު ވަޅަކުން https://heerasnews.com/736 https://heerasnews.com/736 ހަތް އަހަރު ދުވަހު ވެރިކަމުގެ އާރާ ބާރުގައި ފައިނު މާވަޑި އާދަން މަނިކުމެން ތިބި އިރު ފެލިވަރު އޮތް ކަމެއް އާދަން މަނިކަކަށް ނޭނގެއެވެ. ފެލިވަރުގައި މަސްގަންނަ ފެކްޓަރީއެއް ހުންނަ ކަމެއްވެސް ދެނެއެއް ނެތެވެ. މަސް އައިސް ކުރަން ފެން އުފައްދާނެ އައިސް ޕްލާންޓެއް ހުއްޓެއް ނެތެއް ނޭނގެއެވެ. އަމްދުން މަޑުއްވަރީގައި މަސްވެރިން ތިބޭކަމެއް ވެސް މަޑުއްވަރީ މީހުން މަހަށް ދާކަމެއް ވެސް ނޭނގެއެވެ.

އާދަން މަނިކާއެވެ. ވަޒީރުކަމުގެ މަސަންދުގައި އޮވެގެން މަޑުއްވަރީ މަސްވެރިން ނުފެނުނީ އައްޕަގެ ފޮނުވަތުން ތޮރުފި އިލި ވަޅަކުން ބެލީމާތާއެވެ. ހަށި ފާރަވެރިން ވަށާލާފައި އޮތް ވަރުން ފައިގެ ބޮޑުވައި އިނގިލި ކުރިވެސް ނުފެނުނީމާ އެހެން ވެދާނެއެވެ. ދެރައީ މިހާރުވެސް ދިމާލަށް ފެންނަން ހުންނަ ކަންތައްތައް ނުފެންނަ ވަރަށް ރޭކަނު ވެފައި ހުންނާތީއެވެ.

ރާއްޖޭގެ ކޮންމެ މަސްވެރި ސަރަހައްދަކުން ދަތިކަމެއް ނެތި އައިސް ލިބެން ހުންނަކަން އާދަނަށް ނޭނގި ދާނެއެވެ. ދެކެން ބޭނުން ނުވާ ތަނެއް ތަން މިނަށް ލޯ ހުޅުވިޔަސް ނުފެންނާނެއެވެ. އެޅިހާ ބަތަކަށް ރިހަވެފައި ތިބޭ ހުސްބުޅީގައި ގަންނަ ރާގޮޑި ގަނޑެއްގެ ތެރެއަށް ވެއްޓިގަނެގެން ފޮޓޯ ނަގާފައި ޓްވީޓްކޮށް އަންމަގެ ހުނި ގުރާބޭ ކިޔަސް ތިޔަ ހަދާ ފިތުނައެއްގައި މަޑުއްވަރީ މަސްވެރިން ވެސް ނުޖެހޭނެއެވެ.

މަނިއްގަޑާއެވެ. އަޅައިގެން ތިޔަ އުޅޭ ކަންނާޑީގެ ނަންބަރު ލޮލާ ދިމާވާ ނަމަ އެހެން މީހުނަށް ފެންނަ ތަންތަން އާދަނަށް ނުފެންނާންވީ ކަމެއް ނެތް ތާއެވެ. ހަތް އަހަރު ކަންކަން ކުރަން ލިބި ފެލިވަރު، ފެލިވަރަކަށް ހަދާލި ނަމަ ތިޔަހެން އުކުނޑި ކޮއްޓާކަށް މިހާރަކު ނުޖެހުނީހެވެ.

ހަޔާތުގެ ކަންފުޅެއް ވެސް ނެތެވެ. އާބާތުރަ ފިލުވުމަށް ހަތް އަހަރު ވަންދެން އެއްވެސް ކަމެއް ނުކޮށް ފެލިވަރު ވީރާނާކޮށްލާ މަސްވެރިން އިނދަޖައްސާލި ބައިގަނޑު ނިކުމެ މަސްވެރިންނޭ އައިސްޕްލާންޓޭ ކީމާ ނިކަން ހުތުރެވެ. އާރާބާރު ލިބުނު ދުވަހު އުޅުނީ ބޮޑު މާލޫދު ހަރުގޭ ފުޅަށް މަތިން މީހުން އުކާ ދަތްދޮޅި ދުއްވުމުގައެވެ. މަޑުއްވަރިއާއި މީދޫ ކުދިން ކޮޅެއްގެ ރަނގަޅު ކަމުން ބޮޑު މަލޫދު ހަރުގެއިން ކެއިންކާން ފޮނުވާ ދިނީތީ ޅިސް ގޮވަންދެން ކައިފުރައިގެން އިނދެ އެ މީހުނަށް ނަނާ ހުވަފެން ތިޔަ ދައްކަނީ ޓްވިޓަރުގައެވެ. އައްޕަ އުއި ތެންމަން ގެންގުޅުނު ދެލި އުނބު ބޮލަށް އޮއްސާލައިގެން ނުވަރު ކަންނާޑިއެއްގެ ފަހަތަށް ދެލޯ ލައިގެން ހުރެ އެހެން މީހުން ކަނު ބަންނަން މާވަޑި އާދަނެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ.

]]>
Sat, 26 Nov 2022 01:08:14 +0500 ހީރަސް
އީވާގެ ބަނގުރޫޓް ލޯބި https://heerasnews.com/730 https://heerasnews.com/730 އީވާގެ ޒަވާޖީ ހަޔާތުގެ ލޯބީގެ ވާހަކައެއް ނޫނެވެ. އީވާގެ އެ ނޫން އެހެން ވާހަކަ އަކަށް ވިޔަސް ޒަވާޖީ ލޯތްބަށް ވެފައި އޮންނަ ގޮތަކީ ގާތްގަނޑަކަށް އެންމެން ވެސް ވާގޮތެކެވެ.

މި ދައްކަނީ އީވާމެން ގައުމު ދެކެވާ ބަނގުރޫޓް ލޯބީގެ ވާހަކައެވެ. 2018 ގައި މަގުތައް މަތީ ހޭވުނީ ގައުމު ދެކެ ލޯބިން ކަމަށް ހީކުރީމެވެ. ނޫނެކެވެ. މިހާރު މި އެނގެނީ އެހެން އެއްޗެކެވެ. އެ އުޅުނީ ގައުމު ދެކެ ވީ ލޯތްބަކުން ނޫނެވެ. އަންނިބޭ ޖަލުން ނެރެ، ބަރުލަމާނީ ގެނެސް ބޮޑު ވަޒީރުކަން ހޯދުމުގެ ލޯބީގައެވެ. އެއީ ގަލޮޅާ މާލެ އާއި ރާއްޖޭގެ ރައްޔިތުންނާ ކުޑަ ގުޅުމެއް ވެސް އޮތް ލޯތްބެއް ނޫނެވެ. އެކަން މި އެނގެނީ މިހާރު ތާއެވެ. އެހެރަ އުޅުއްވާ ގޮތަކުންނެވެ.

ވަގެއްޗޯރެއް، ބާގީއެއް ފާސިގެއް މައުމޫނެއް އެ ދުވަހު އީވާމެންނަކަށް ނެތެވެ. ގައުމުގައި އޮތިއްޔާ އޮތް ބަޔަކު އެއްކޮށް ފައްޗަކަށް އަމުނައިގެން  ގެނެސް ހާރެއްހެން  އިބޫ ކަރުގައި އެ ދުވަހު އެޅުވީ އަންނި އާއި އީވާ އާއި ދެމީހުން ވެގެންނެވެ. އިމްތިޔާޒު ފަހުމީ ހުރީ އެ ކަމަށް ބާރުދީގެން ރެޕް ލަވަ ކިޔާށެވެ. ޝޭހުވައްޑެ ހުރީ އެ ވަރުގެ މޮޅު މާތް ކަމެއް ނެތް ކަމަށް ވައުޒު ބުނާށެވެ. ގިޓާ ހުރީ އެ ފޯރި ގަނޑުގައި ގިޓާ ޖަހާށެވެ.  ބޯދިގުމެން ބީޓަށް ބޯހެލުވީއެވެ.  

އިބޫ ގާތު ބުނީ މި އެންމެން ގޮވައިގެން ގާނޫނު އަސާސީގައި ބުނާ 5 އަހަރުގެ ދައުރުގައި ވެރިކަން ކުރުމަށެވެ. ހުރިހާ މަގާމަކާ ހުރިހާ މޮޅެއް އޮތީ އެމްޑީޕީ މީހުންނަކަށް ނޫނޭ ބުނެ މިއަދު މި މީހުން ކަރުން ނާރު ނަގާފައި ބުނާ އިރު އެމްޑީޕީ ނޫނަސް ގައުމުގައި ތިބިހާ ބަޔަކު ގެނެސް އިބޫއާ ހަވާލު ކުރީވެސް މިބައި މީހުންނެވެ. 

އެމްޑީޕީގެ ނަމުގައި މަގާމް ދޭން ބޭނުންވި މީހުނަށް މަގާމުތައް ހޯދަދީފައި ޕެޕަރ ސްޕްރޭގައި ޖެހުނު އެންމެންނަށް ވަޒީފާ ނުދެވޭނެ ކަމަށް ބުނީ ވެސް އަންނިއެވެ. އެރޭ ވެސް ބަނގުރޫޓް ލޯބި ޓީމް ތިބީ އަތްޖަހާށެވެ. ގެއަށް ވަން ފައިސާ ހަލާލެއް ނޫނޭ ޔާމީން ބުނިރޭ ޕީޕީއެމް މީހުން އަތްޖެހި ގޮތަށެވެ. މިހާާރު އެވަރުގެ ކަމުނުދާ މީހަކު ނެތިގެން އުޅޭ ރޮޒޭނާ ވަރުގެ މީހަކު އެ ދުވަހަކު ނެތެވެ. އެކުގައި ދުފާ ދުންބޮއެ ހީސަމާސާ  ކުރިއިރު ހީވެސް ނުވެއެވެ.  

ރަށެއްގެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތާ  ސިއްހަތާއި ތައުލީމާ ބަނދަރާ މަގާ ނަރުދަމާއާ އާރުޓީއެލް ލޯންޗަކީ އީވާގެ އުންމީދަށް ނުވިޔަސް އެއީ ރަށްރަށު މީހުންގެ އުންމީދެވެ. އިބޫ ސާލިހް އެގެންދަވަނީ އެކަން މުޅި ރާއްޖޭގައި ކުރައްވަމުންނެވެ.  

މާލޭ މީހުން ބޭނުންވާ ބަނދަރެއް ނެތެވެ. މާލެ އަށް ބޭނުންވަނީ ގޯތިގެދޮރެވެ. ބަނގުރޫޓް ލޯބީގެ އަވާގައި އީވާ ހުންނަވަނިކޮށް ގަލޮޅު އުތުރު މީހުންނަށް ވެސް ގޯއްޗާ ފްލެޓް ދެއްވާނީ ރައީސް އިބޫއެވެ. ތިޔަ ގޮނޑިއެއް ހޫނު ކުރާތާ ފަނަރަ އަހަރު ވަނީއެވެ. އީވާ ކީކީނުން ގޭ ގޯޅި ހުސްކޮށްގެން ދާއިރާ މީހުނަށް ދައްޗެއް ނޫނީ ކުރެވުނު ހެއްޔެވެ. 

ޒުވާނުންނޭ ކިޔާ ވާހަކަ ދައްކާ އިރު 15 ހާހަށް ވުރެ ގިނަ ދަރިވަރުން ތިބީ ހިލޭ ޑިގްރީގައެވެ. ޖޫނިއަރ ކޮލެޖާ ހުނަރާ ތަމްރީނުގައި އަވަދި ނެތި އުޅޭ ޒުވާނުންގެ އުންމީދާ އީވާގެ އުންމީދާ ދިމައެއް ނުވާނެއެވެ. އީވާގެ އުންމީދަކީ ވެރިކަން ވައްޓާލުމެވެ. ރާއްޖެ ބަނގުރޫޓްވެ ރައްޔިތުން ބަނޑަށް ޖެހުމެވެ. އެހެން ކިޔައިގެން މީހުން ރުޅިއަރުވާ ފިތުނަ ކުރުމެވެ. އެމްޑީޕީ ފަޅާ ކުދިކޮށް ފުނޑާލުމެވެ. 

ވެރިކަމާ ހުރެ މައުމޫނާ ދުންޏާއަށް އެ ވަރުވީ 30 އަހަރު ވެރިކަން ކޮށްގެންނެވެ. އެންމެ 3 އަހަރުގެ ވެރިކަމަކުން އަންނިއާ އީވާއަށް ވެފައި ތިޔަ ތިބީ މާ ބޮޑުވަރެވެ.

]]>
Thu, 24 Nov 2022 21:02:16 +0500 ހީރަސް
މަންޑޭލާއަށް ވާންއުޅެ ނުވެވި އެންމެފަހުން މުގާބޭއަށް! https://heerasnews.com/712 https://heerasnews.com/712 ޖިސްމެއް ނެތް ހަސަނު ކުރުސީއެވެ. އީސަދަރިޔާ ނައިބު ތުތްތުވެސް ތިޔަ ޒާތަކަށް އުޅުނެވެ. ނައިބު ތުއްތެއް ބެރެއްކެއް ނުހަދާނެއެވެ. ބެރެކި ހަދަނީ އީސަ ދަރިއެވެ. އާބިދާގެ މޮހަނދަށް ވެސް ވެގެން ތިޔަ އުޅެނީ އެހެންތާއެވެ. ޖިސްމެއް ނެތަކަސް ފުރާނައެއް ނެތަސް ޓްވިޓަރ އަތްގަނޑެއް އެބަ އޮތެވެ. އާބިދާ މޮހަނދުގެ ތޮބިއްޔަތު ބަޔާން ކުރުމުގައި ހޭކެނޑޭށެވެ.

މަންޑޭލާއަށް ވާން އުޅެއުޅެ އެޔަކަށް ނުވެ މިޔަކަށް ނުވެ އެންމެ ފަހުން މުގާބޭ އަށް ނުވެ ސަލާމަތްވީ ކިރިޔާއެވެ. އަރިއަޅާލައިގެން ވެއްޓުނު ކަމުންނެވެ. ކޮޅަކުން ކޮޅެއްގައި ލައްވާލާނީ ދެ ފަހަރު އެކައްޗެއް ކިޔާ އެއް ގޮތަކަށް އުޅެވުނު ނަމަ ތާއެވެ. ޑިމޮކްރަސީ އަނދުން އަޅައިގެން އުޅެނިކޮށް އެޅި އަދުން ފިލާ ހިނގައްޖެއެވެ. ގައިލައިގެން އޮތް ބޮކުހަންގަޑު ފަޅަފަޅައިގެން ގޮސް އަސްލު ސޫރަ ފާޅުވެއްޖެއެވެ.

އެލެކްސް އަހަންމަދަށް ހިފަހައްޓާ ނުލެވުނީމާ ހަސަނު ކުރުސީ ނިކުމެ ހޯބޯލެވިޔަސް އަލަކުންނެއް ހޯދޭނެ މޮޅެއް އޮތެކޭ ހަމަ ހިޔެއް ނުވެއެވެ. ކަނޑު ދުވަން ލިބުމުން މާކެޔޮޅު ކަނޑު މެދަށް ފުންމާލާ ބަކަތަޅަމުން ވަރުނުލާ ރާޅުގަޑުން އުސްފަަސްގަޑަށް އަރާ އޮވެ މިއޮޑިއެއް ނުފެތޭނެޔޭ ގޮވީ އޮޑިފެތި ބަންޑުން ޖެހި ގަދޫކޮލުން ބޭރުވެވޭ އޮއްވާ ނޫން ހެއްޔެވެ. ފަޅުވެރިންގެ ހިއްވަރާ މިންނަތުން ބެހިގެން ދިޔަނުދީ ކޮޅާ މަދަން އަޅާ ހަތް އަހަރުގެ މަސައްކަތުން މާކެޔޮޅަކު ހޯދާ ފައްސިޔާގައި ކަނޑު ދުވަން ނިކުތީމާ މާކެޔޮޅުކަން އަލުން ހޯދަން ތިޔަ ތެޅެގަތީ މާވަރަކަށެވެ.

އާބިދާ މޮހޮދުގެ ޖިސްމެއް ނުވާ ހިޔާލީ ހަސަނަށް ވެޑުވެވޭނެ ކުރުސީއެއް ނުއޮންނާނެ ތާއެވެ. ކުރުސީއެއްގައި ވެޑުވެވޭނީވެސް ޖިސްމެއް ލިބިގެން ވާނަމަތާއެވެ. އާބިދާ މޮހަނދަށް ވެސް ޝަހުސު ފޮރުވައިގެން ދެބޯގެރި ދުއްވަން އުޅެވޭނީ ކުޑަ ދުވަސް ކޮޅަކުއެވެ. ބަޔަކު މޮޔަ ހައްދާ ކަނު ބަނދެގެން ގެންގުޅެވޭނިވެސް މިންވަރުގެ ކޮޅަށެވެ. ބައެއް ފަހަރު އެންމެން މޮޔަ ހެއްދުނަސް އަބަދަކު އެންމެނަކު މޮޔައެއް ނުހެއްދޭނެއެވެ. އެންމެނަކު އަބަދަކު މީހެއްގެ ލޮލުން އެމީހެއްގެ ދުނިޔެ ނުބަލާނެކަން އެގެން ޖެހެއެވެ.

ކޮންމެ ފަހަރަކު ކާޅު ހާލިހެދީމާ އައިސް އެޅިބިހުން ނިކުތީ ހުސް ކާޅުކޯއްޔެވެ. އޮޅިގެންވެސް ޑިންޑިން ކޯއްޔެއް އެއިން ހައްޔަކުން އުފަނެއް ނުކުރިއެވެ. މަދޮއްޓެއްހާ ލޮލުއޮށް ރަތް ކާޅުކޯލިތައް ބިސްއަޅަން އޮތް ހާލިން ދަމާ ބޭރުކުރަން ފަރިކޮށްފައި އެ ތިބީ ގަޑިގުނާލަ ގުނާލައެވެ.

ހަސަނުކުރުސީއަށް އަދިވެސް ވަށާ އޮތް ދުނިޔެ ތިޔަ ފެންނަނީ އަޅައިގެން ހުރި އައިނުގެ ބިއްލޫރި ގަނޑުގެ ކުލައިންނެވެ. އައިނުނަގާ ލޯހުޅުވައިގެން ނިކަން ރަނގަޅަށް ވަށާ ހިނގާ ކަންކަމަށް ބަލާބަލާށެވެ. މަންޒަރު ބަދަލު ވެއްޖެއެވެ. ޖިސްމެއް ނެތް ހަސަނަށް ވެސް ތިޔަ ހީވަނީ ފުޅަށް ބުޑުން ދާހާ ބަޔަކީ ކެޔޮގަނޑު ކަނޑަން ދާމީހުން ކަމަށެވެ.

މޫސާގެފާނުގެ ފިރުއައުނު ވެސް އުޑަށް އަމުރު ކުރީމާ ވަރޭ ވެހުނެވެ. އޭނާއަށްވެސް ކަލާނގެ ވަންތަކަން ލިބި ނުވާކަން އެގުނީ ކަނޑުގައި ގަރަގުވާން ފެށުމުންނެވެ. އޭރު މާލަސްވެއްޖެއެވެ. މިހިރަ މިހިރަ ކަންކަމުން ހަސަނު ކުރުސީއެއް ކަމަކު އިބްރަތް ހޯދަން ޖެހެއެވެ. ނޫނީ މާލަސް ވެދާނެއެވެ.

]]>
Sat, 19 Nov 2022 17:16:40 +0500 ހީރަސް
އިންތި އަދިވެސް ދާންވީ ޓީވީ ޗެނަލަކަށް! https://heerasnews.com/711 https://heerasnews.com/711 އެތައް ދުވަހެން ވަންދެން އެމްޑީޕީގެ ސްޕޯކްސްމަންގެ އިތުރުން މަޖިލީހުގައި އިނުމާއި ނަމުގެ ކުރިޔަށް އުސްތާޒެއް އޮންނާތީވެ ހީކުރީ ކަންކަމުގައި ކޮންމެވެސް ވަރެއްގެ ކެއްތެރި ކަމެއްވެސް ހުންނާނެ ކަމަށެވެ. ހަޖަމުގެބައި ވެސް ހަމަބުއްދިހުރި އިންސާނެއްގެ ކިބައިގައި ހުންނަންވީ ވަރަށް ހުންނާނެ ކަމަށެވެ. އެއްވެސް އިންތިހާބަކުން ތިމާ ބަލިވެއްޖެއްޔާ ހަތަރުދަމު އުކުނޑި ކޮއްޓައި ބޭރަށް ހިންގައި ފާހާނާ ތަށިމަތިން ނުތެދުވެވޭ ވަރުގެ އުރަތްޕެއް ނެތް ސޮހޮލަކަށް ވާނެކަމަކަށް ހިޔެއް ނުކުރަމެވެ.                                                އެކަމަކުވާ މިޔޮށްވީ ގޮތެކެވެ. އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައި ބޮޑު ތަނުން ބަލިވީމާ ތިއުޅުއްވާ އައްޗިފާޑުން އެހެން މީހުންގެ ބޮލަށްވެސް އުނދަގޫވާން ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. ޅޮސް އުނދޯލީގައި ބައިންދައިގެން އަވާމެންދުރު ދައްކައިގެން އުޅުނު މީހުން ދެއްކީ މާ ޗާލު ނަލަ މަންޒަރެއް ވިއްޔާއެވެ. އެކުއުޅޭ ވާދަވެރިންނާ ދިމާކޮށް އިންސާނީ ގަދަރާއި ހުރުމަތް ކަނޑާ ދުލައް އައިހާ އެއްޗެއް ގޮވިއިރު ބައްލަވާ އެ މަނިކުފާނު އިންނެވީ  އަތްތިލަބަޑިޖައްސަވައި ހިނިވަޑުވާށެވެ. ދުނިޔެ ރަންބުއްދިވެފައެވެ. އޭގެސަބަބުން އެއްކަލަ ރުހިތިބި ކުދީންކޮޅާ ވެސް ވިއްޔަކީ އަމަށަކު ފޫއްސެއް ނޫނެވެ. އެކަމަކު ދެރައީ މާގާތްކަމަށް ދައްކައިގެން ގާތުގައި އެ އުޅުނު ބަޔަކު ވަކި މީހަކަށް ހަސަދަޔެއް ފިލުވާލަން ވެގެން ތިމާއަކީ ކަތިލާން ގެންގުޅު ކަންބަޅި ބަކަށްޓެއްކަން ވިސްނޭވަރުގެ ސިކުނޑިއެއް ތިމާގެ ނެތީތީއެވެ. އެންމެފަހުން އެންމެން ކުރިމަތީގައި އޮރިޔާންކޮށް ވާނެ އެއްޗެއް ވީމާ އަދިވެސް ތިޔަ ރުޅި ބާލަނީ އެހެން މީހުންނަށެވެ. ވީކިހިނެއް ކަމާމެދު ފިކުރު ހިންގައި ބަލާންނޫޅެ އަދިވެސް ތިޔަ ހިނގެނީ ހަމަ އެއްކަލަ ބައިގަނޑާ އެކުގައެވެ.

ކުރިޔަށް އޮތް މަޖިލީހުގެ އިންތިހާބުގައި ތިޔަ ގޮނޑި ނުލިބިއޖިއްޔާ ކޮއެފުޅަށް ވެދާނެ ގޮތަކާމެދު ސަހަރޯވެރި ވާތީވެ ހެޔޮއެދިގެން ބުނެލަމެވެ. އަވަހަށް ކޮންމެވެސް ޓީވީޗެނަލަކުން ޖާގައެއް ހޯދައި ތައްޔާރުވާށެވެ. ކުރީން ވެސް ކުރިގޮތައް އެކަން ކުރެވޭތޯ  ބަލައި އަވަހަށް ފަރިތަ ކުރަން ފަށާށެވެ. އެހެންނޫނީ 2024 ގައި ގޭދޮށު ކުދީންކޮޅު ނޫނެކޭ ބުނެފިއްޔާ އުސްތާޒަށް ޖެހުނު ތިޔަ ބަލި ބޮޑުވެ އެންމެ ފަހުން ގުރައިދޫގައި ބަހައްޓާން ޖެހިއްޖެއްޔާ މާދެރަވާނެއެވެ!

= ފއމ=

]]>
Sat, 19 Nov 2022 12:47:09 +0500 ހީރަސް
ފައިނު ވައްޑެ ކިޔެވީ ކޮން އެއްޗެއް! https://heerasnews.com/708 https://heerasnews.com/708 ތިމާޔަށް އަރަބި ތައުލީމުދޭ ތަނަކުން ދެފިލި ދަސްވީމަ އަމިއްލަޔަށް ޝޭޚު ހެދިގެން އެއުޅުނުގޮތް ދިވެހީން ދުށްޓެވެ. އެންމެ ފުރަތަމަ މައުމޫނާ ޔާމީނަށް ސަނާކިޔާފަ މަޖައްލާ ނެރެދީފަ މޮޅުކަމެއް ނުލިބުމުން އެންމެފަހުން އެލިގަތީ އެމްޑީޕީގަދޯއެވެ. ނަސީބަކުން ކައުންސިލަރ ކަން ލިބުމުން ފައިނު ވައްޑޭގެ ހިތް އާސުމާނަށް އެރިޔެއް ކަމަކު ފަހުން އެވެރީންވެސް ބަލައިނުގަނެ މަގުމަތި ކޮށްލި ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟

ދެންނުކުތުމުން ތިޔަ މީހާ މީހެއްކަމަށް ހަދައިދިނީ ހަމަ އެމްޑީޕީންނެވެ. ހީކުރެވުނީ ތީވާ ރަނގަޅު އިލްމެއް ލިބިގެންހުރި ތަންކޮޅެއް ހުލްގު ހެޔޮވާނެ މީހެއް ކަމަށެވެ. އެކަމަކު މިއަދު ތިޔަ ތެޅިބާލަނީކީ އަމަށަކު ގޮތެއް ފޮތެއް ހުރި މީހަކު އުޅޭ ފާޑަކަށް ނޫނެވެ. ދީނީގޮތުން ފިލާވަޅެއް ލިބިފައި ހުރިނަމަކަ ތިމާ ވެސް ފޫގަޅައިގެން ނުކުމެ ހޮވާފައިހުރި ވެރިޔަކަށް ހައްގުން ކަމަކާ ނުލައި ތިޔަ ކުރާ ފުރައްސާރަ ތަކެއް ނުކުރީހެވެ.

ބަލަގަ ވައްޑޭއެވެ. ހަމަ ކުރާން އުޅުނު އެއްކަމެއް ވެސް ނުކުރެވި ބޭޒާރުވުމުން ތީގެ އެތެރޭގައި ހުރިކުނި ދިޔަތައް ދެމިޔަކަނުން ފައިބައި މީހާ އިތުރަށް ބޭޒާރުވުން ނޫންކަމެއް އަމުދަކުން މިހާރަކު ނުވެއެވެ. އިންތި ގޮވައިގެން ޗެއަރ ޕާސަންކަން ދޭން ނުކުމެ ކާމިޔާބުގެ ކޮޅުމައްޗެއް ނުފެނުމުން ހީކުރީ އެމްޑީޕީގެ މެމްބަރުންނަށް ފުރައްސާރަކޮށް ތުންފުއްސައް ދާންދެން ގޮވައިގެން އެމީހުން ލަދުގަންނުވައި އަމިއްލަކޮޅު ބޮޑުކޮށްލާނެމޭ ހެއްޔެވެ. ނޫނެކެވެ. ތިޔަކުރަނީ ރޭވިގެން ކުރާކަމެއްކަން މިހާރު އެންމެނަށްވެސް އެބައެނގެއެވެ. 

ރައީސް ސޯލިހަކީ ތިޔަހެން ކުރަތްޕެއްހެން އުދުހިލާއިރަށް އުސޫލުތައް ދޫކުރައްވައި އެޅިހާ ބަތަކަށް ރިހަވެގެން ބައެއްގެ ފައިބުޑައް ވެއްޓި ވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. ވެރިކަން އެކުރައްވަނީ އެ މަނިކުފާނު ވެސް އެންމެ އިސްދައުރެއް އަދާކުރައްވައިގެން އުފެއްދެވި ޕާޓީގެ ވޭތުވެދިޔަ 17 އަހަރުގެ ތަޖުރިބާޔާ އަދި އެމަނިކުފާނުން މަޖިލީހުގައި ހޭދަކުރެއްވި 25 އަހަރުގެ ދިގުމާޒީގެ ތަޖުރިބާއިން އިބުރަތް ލިބިވަޑައިގެން ހުންނަވައެވެ. ފިސާރި ސާބިތުކަމާއެކުގައެވެ. ހުލްގު ހެޔޮކަމާ އިންސާފުވެރި ކަމާއެކުގައެވެ.

ތިޔަ ކަހަލަ އަނދޮޅަކަށް އަދި ދުނިޔެ ނޭގިދާނެއެވެ. މައިތިރި ނުވެގެން ތެޅެނީ ހިތުން ތިހެން ވަށްވަށް ޖަހާލީމައި ހީބިހި ނަގައިގެން ކަލޭމެން ޕާޓީން ވަކިކޮށްލާތޯ ބަލައި އިދިކޮޅަށް ރަސްމީވެ ނުކުންނާންޖެހޭ ހުއްޖަތެއް ގާއިމު ކުރަންކަމަށް ހެއްޔެވެ؟

ޕީޕީއެމްގެ ތަބަކުން ޓިކެޓުދިން ވަގުކަލޭގެ އަތުން އެ ފުރުސަތު ގެއްލިއްޖިއްޔާ ދެން ހިރަފުހާ މެކިފައި އޮތަސް އެ ޓިކެޓު ގަނޑު ރައީސް ނަޝީދަށް ދީގެން 2023 ލިބިދާނެ ކަމުގެ ހުވަފެން ދައްކައިގެން ތިޔަ ކުރަނީ ފިސާރި އިޔަހޫދި ދެގޮތް ދެފުށް މަސައްކަތެކެވެ. އާހިރުގައި އަގުވެއްޓާ ބާކީ ކޮށް ލެވޭނީ ރައީސް ނަޝީދެވެ. ތިޔަ ޖަހާ މަޅީގައި ޖެހިވަޑައިގެން ރައީސް ނަޝީދަށް ވާންވީ އެއްޗެއް ވާންވީއެވެ.

އެމްޑީޕީ އަކުން ރައީސް ނަޝީދު ބާކީކޮށް ފަލީހަތް ކުރާކަށް އަމުދަކުން ނޫޅެއެވެ. ރައީސް ސޯލިހެއްވެސް އެކަން ކުރައްވާކަށް ހަމަ ނޫޅުއްވައެވެ. މުލީއާގޭ ތެރޭގަ އެވެނިކަމެކޭ މިވެނި ކަމެކޭ ކިޔައިގެން އަނގައަރުވައި އިތުރަށް ބޭޒާރުވާން ނޫޅޭށެވެ. ތިއުޅެނީ ހަމަ އެތެރޭގައި ދުރޫސުލް އަހުލާގުގެ ޒައްރެއްވެސް ނެތިގެންނެވެ. ކުރިން ހީކުރެވުނީ ކޮންމެވެސް އެއްޗެއް ކިޔަވައިގެން ހުރިމީހެއް ކަމަށެވެ. އެ ކަމަކު މިހާރު އަހާލަން ބޭނުންވަނީ ފޮތްބޮނޑި ހިފައިގެން ތެޅިގެން ކިޔެވުނީ ކޮންއެއްޗެއް ހެއްޔެވެ؟

=ފއމ=

]]>
Fri, 18 Nov 2022 18:45:16 +0500 ހީރަސް
ސީދި އޮޑިއަށް ސައިތާނު އަރާ އިންހެން ކެބިނެޓްގައި އިނީ މަލީހު https://heerasnews.com/707 https://heerasnews.com/707 ގަމާރުން އުޅެއެވެ. އެކަމަކު މިއުޅޭ މަލީހު ވަރުގެ ގަމާރެއް ނުދެކެމެވެ. މިކަލޭގެއެއްގެ ސިނކުޑި ހަމަބާއޭ ހިތަށް އަރައެވެ. ތިމާއަށް އުޅެވުނު ގޮތެއް އުޅެވޭ ގޮތެއް ހަނދާން ހުރޭބާވައެވެ. އަމިއްލަ އުފަން ދަރިންނަކީ ތިމާގެ ދަރިންނެއް ނޫނޭ ބުނާ ހިސާބަށް ދިޔުންވެސް ކައިރިއެވެ. އެހާވެސް މިކަލޭގެ ހަނދާން ބައްޔެވެ.

މީގެ ހަތަރު އަހަރުކުރިން ދެކޮލުގައި ރަތްފުށް ޖަހައިގެން ދިންހާ އަތްވެއްގައި ވެހުނުހާ ވާރެއެއްގައި ތެޅެބޭލީ ކާކު ވެރިކަމަށް ގެންނަން ހެއްޔެވެ. ދަތްތައް ރޮނޑަށް ދީގެން އެއް ރަށުން އަނެއް ރަށުން ލަފާ އޮޑީ ކާޅު ހެދިގެން ކާކާ ލެއްވީ ކާކު ވެރިކަމަށް ގެންނަން ހެއްޔެވެ.

ލަދު ހަޔާތުގެ ކަންފުޅެއް ނެތެވެ. މިނުނު ނާޅި އަކުން މިނަން އެހެން މީހުނަށްވެސް އެނގޭނެއެވެ. ބުނަން ހެއްޔެވެ. ސީދި އޮޑިއަށް ސައިތާނު އަރާއިންހެން ރައީސް އިބޫގެ ކެބިނެޓްގައި އިނީ ތިޔަ މަލީހެވެ. ބޮޑު މުސާރަކައިގެން ދިދަޖެހި ކާރުގައި ދެކޮޅަށް ދުއްވިއިރު އިބޫ ވަރެއް ނެތެވެ.

އުޑެއް ބުޑެއްނޭނގި ވަޒީރުކަން ކުރަން އުޅެ ފެންވަރު ނެތި އިތުބާރު ކެނޑި ގިއްގެޅުނީމާ ތިޔަ ހުރީ ބޮލަށް ބެރިވެއްޓިފައެވެ. ތިޔަހުރި ބަހުރުވައަކުން ވެސް އިލްމެއް އަހުލާގެއް ފެންވަރެއް ނެތީ ކާކުކަން ތިބީންނަށް އެނގޭނެއެވެ.

ކޮމިއުނިކޭޝަން ސްކިލް ދެމިޔަކަނުން ހުރެ ތިޔަ ފައިބަނީ ޓްވިޓަރ ތެރެއަށެވެ. ތޫނު ފިލިކަމާ ބުއްދި ވެރިކަން ތިޔަ ހުރިވަރުން ގޮސް އޮންނަންވީ ޕީޕީއެމަކު ނޫނެވެ. މޮޔައިންގެ ހޮސްޕިޓަލެއްގައެވެ. ބޮލަށް ބޭސްކުރަން އާސަންދަ ލިބޭނެއެވެ.

]]>
Thu, 17 Nov 2022 21:15:08 +0500 ހީރަސް
ވައްޑެ ނޭވާލާނީ ނަޝީދު މަގުމަތިކޮށްފަ! https://heerasnews.com/703 https://heerasnews.com/703 ވައްޑެއެއް ކަމަކު މާބޮޑަށް ފޮނު ނާރުވާށެވެ. އަނދިރި ޔަހުޔާއަކީ ކާކުކަން ދާދި އަވަހަށް ވައްޑެމެނަށް ފެންނާނެއެވެ. ވައްޑަމެން ނިކުމެ ކުރަން އުޅޭ ކަމެއް އެބަ ކާމިޔާބު ވޭހެއްޔެވެ. އެހެން މީހުންގެ ވިސްނުމަށް އިހުތިރާމް ނުކޮށް ތިޔަހެން ތެޅުނު ވަރަކަށް ކެނޑޭނީ ހަމެވެ.

ދުވާލު ދެދަޅައަށް ކެނެރީގޭ ގޯޅިތެރޭ ކުރުކާލި ކެނޑުން ނޫން އެހެން ކަމެއް މިހާރަކު ނުވޭ ނޫން ހެއްޔެވެ. ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހެޅި ހުށަހެޅުން ފާސް ވިޔަނުދޭން ވައްޑެމެން ގަދަފައި ވިއްދީމު ނޫން ހެއްޔެވެ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ތާއީދު ސަރުކާރަށް އޮތަ ނުދޭން މަރުފަލި ޖެހީމު ނޫން ހެއްޔެވެ.  އެމްޑީޕީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުނަ ނުދޭން ތެޅެބޭލީމު ނޫން ހެއްޔެވެ. އެމްޑީޕީގެ ޗެއަރޕަރސަނަކަށް އިންތި ހޮވަން ވައްވައް ޖެހީމު ނޫން ހެއްޔެވެ. އެމްޑީޕީގެ ކޮންގްރެސްއިން ބަރުލަމާނީ ފާސްކުރަން ހަން ކެނޑުނީމު ނޫން ހެއްޔެވެ. ވައްޑެމެން ކުރަން އުޅުނުހާ ކަމެއް ދިޔައީ ފަނުފުލުންނެވެ. ވީކަމެއް ހަރާމެވެ.

ތެދެއް ބުނަން ހެއްޔެވެ. އެމްޑީޕީގެ މެޖޯރިޓީ ވިސްނުން ހުރީ ވައްޑެމެނާ ބޮޑުތަނުން ދެކޮޅަށެވެ. ކަލްޓް މަވެތި ފިކުރެއް ދެނެއް އެމްޑީޕީއަކު ނުހިންގޭނެއެވެ. އާއްމު މެންބަރުންގެ ގިނަ މީހުން ތިބީ އެގޮތަކަށް ނޫނެވެ.

ވައްޑެމެން ތިޔަ އުޅެނީ ރައީސް ނަޝީދު މަގުމަތިކޮށް ބަކީ ކޮށްލާށެވެ. ވައްޑެމެންގެ އަމިއްލަ އެދުމާ ހަނި ވިސްނުމުގެ ސަބަބުން ރައީސް ނަޝީދަށް މީހުންގެ ނަފްރަތު އިތުރު ކުރުވުންނޫން ކަމެއް އެބަ ކުރެވޭހެއްޔެވެ. އެމްޑީޕީގެ ރައީސްކަމާއި މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު އިންނާތީ ވައްޑަމެނަށް ހަޖަމް ނުވެގެން ތިޔަ އުޅެނީ ހާދަ ގޮތެއް ނެތީމައެވެ. މަޖިލިސްގެ ރައީސް ކަމާއި ޕާޓީގެ ރައީސްކަން ރައީސް ނަޝީދަށް ގެއްލުވާލަން ތިޔަ ހުންނަނީ ހާދަ ފޯރިއެކެވެ. ވަގުހަން ގައިލައިގެން ރައީސް ނަޝީދުގެ އޮފުކަނޑުވާލަން ތިޔަ އުޅެނީ ވަރަށް ހުތުރު އުޅުމެކެވެ.

ފައިނު ވައްޑެމެނަށް ނޭވާލެވޭނީ މަޖިލިސްގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެވުނީމައެވެ. ޕާޓީގެ ރައީސްކަން ރައީސް ނަޝީދަށް ގެއްލުވާ ލެވުނީމައެވެ. ހުތުރު ބައްޔަކުން ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބަލިކޮށް ލެވުނީމައެވެ.

]]>
Thu, 17 Nov 2022 13:59:50 +0500 ހީރަސް
ނައިފަރު ޝިޔާމް ޓްރާންސްފަރ މާކެޓަށް! https://heerasnews.com/698 https://heerasnews.com/698 ބުރާންޗެކޭ ނުބުނެވޭ ވަރެއް ނޫނެވެ. ކަން ހިނގާ މަގު ދުށްތަނުން ޝިޔާމުމެނަށް ނޭނގޭތީއެވެ. ރާއްޖޭގެ ފަޅުތަކާ އަތޮޅުތަކާ ރަށްތައް ވިއްކާލައިގެން ބަހާނެ ގޮތް ނޭގިގެން އުޅުނީ ޔާމީނު ނޫން ކާކު ހެއްޔެވެ. ބަހައިގެން ލިބުނު ބައި ކުޑަވެ އެފައިސާ މިފައިސާއޭ ގޮވަމުން މޮޔަ ގެރިއެއްހެން އުޅުނީ އެހެން ދެން ކާކު ހެއްޔެވެ. ކޯޓަކަށް ހާޒިރު ކުރިޔަސް އޭނާ އަތުހުރި މަގޭފައިސާ، އެތާ ހުރި މަގޭ ފައިސާއޭ ކިޔާ ރޮއެ ހޭރެނީ ޔާމީނު ނޫން ކާކު ހެއްޔެވެ. ރާއްޖެ ވިއްކާލަން އުޅުނު މީހުނާ ފައިސާ ބަހާނެ ގޮތް ނޭނގި ފުންމައިގެން އަރާ ވައި ނޮޅީގައި ދަތް އަޅައިގެން އުޅުނީ ވެސް އަދި އުޅެނީ ވެސް ކާކުކަން ނައިފަރު ޝިޔާމަށް ހަމަ ނޭނގެނީ ހެއްޔެވެ.

މަޖިލީހަށް ވަދެތިބެ ހިތުހުރި ވާހަކައެއް ދައްކަން ލަދު ނުގަންނަ ކަމެވެ. ޑޮލަރުން އަދަދު ކިޔަން އެނގެނީ ޝިޔާމަށް އެކަނި ހެއްޔެވެ. މިހާރު ޝިޔާމު ދެ މިލިޔަނެއްހާ ޑޮލަރަށް ބޭނުން ވެގެން އުޅުމާ ހާދަ ވައްތަރެވެ. ޔާމީނުގެ ތަރި އޮއްސުމުގެ ކުރިން ނައިފަރު ޝިޔާމު ޓްރާންސްފަރ މާކެޓަށް ނިކުތީތާއެވެ. އެކަމަކު 200 މިލިޔަން ކީއްކުރަން ހެއްޔެވެ. ފަންސާހަކަށް ޑޮލަރު ދީގެން ގަންނަވަރުގެ އަގެއް ހުރި މަސް ގަޑެއް ކަމަކަށް ތިޔަ ޝިޔާމު ވާހެނެއް ހިޔެއް ނުވެއެވެ. 

ޗާގޯސް މައްސަލާއިގައި ހަދަހަދައިގެން ދެއްކިހާ ވާހަކަ ވަތަކުތޯ ނުޖެހި ދިޔައިމާ އަނެއްކާ ހިތުން މޮޅު ވާހަކައެއް ދައްކަލީތާއެވެ. މަތި މައްޗަށް ތިޔަ ހަދާ ދޮގުތައް އެނބުރިގޮސް ތިޔަ ވަންނަނީ އަނގައަށެވެ. މޮޅު ޕޮލިޓީޝަނުން އުޅެނީ ތިފާޑަކަށް ނޫނެވެ. ހިންނަވަރު މީހަކު ރާއްޖޭގައި ވެރިކަން ކުރާތީ ހަސަދަވެރި ތިޔަވަނީ މާ ވަރަކަށެވެ. ހަސަދައިގެ އަލިފާނުގައި އަދާ ހުލިވާނީ އާހިރުގައި ތިމާއެވެ.

ތިޔަ ވަރަށް ކަރުން ނާރުނަގާ ދަތްދޮޅީ ކަށިގަނޑު ނެއްޓެން ދެން ޝީޔާމުގެ ކޯތެޅު ވުމަކުން ރައީސް ސާލިހަށް ކަހަރުވަކެކޭ ހީނުވާނެއެވެ. ތެޅިތެޅި ހުޅުނބު ތިޔަ ފައިބަނީ ޝިޔާމުމެނެވެ. އާނއެކެވެ. އިރާދަ ކުރެއްވިޔަތީ މި ވަގުތު ތިޔަ ހުރެވެނީ މަޖިލީހު ތެރެއަށް ޝިޔާމަށް ވަދެވިފައެވެ. ތިޔަ ތަނަކީ ޝިޔާމުމެނަށް އައުތަނަކަށް ވެދާނެއެވެ. އެންމެ ދައުރު ގަޑެއްގައި މަޖިލީހުގައި އިނދެލަން ޝިޔާމަށް ލިބުނީތީ ތިޔަހަރަ އުޅޭ ފާޑެކެވެ.

ބަލަ ޝިޔާމޫއެވެ. ތިޔަތާކު މެދު ނުކެނޑި ފަންސަވީސް އަހަރު ހިންނަވަރު ސޯލިހުގެ އިބްރާހީމް އިނެވެ. ތިޔަ ފާޑަކަށް ތެޅިއެއް ނުބާލައެވެ. މީހަކަށް ކުޑައިމީސް ބަހެއްވެސް ބުނެނުލައެވެ. މުޅި ފާދިއްޕޮޅާއި ހިންނަރު ދާއިރާ، ހިންނަވަރު ސޯލިހުގެ އިބްރާހީމް ތަމްސީލުކުރީ މީހުންގެ ލޯތްބާ އިހުތިރާމް ލިބިގެންނެވެ. މިއަދު ރާއްޖޭގެ އެންމެ މަތީ ވެރިއަކަށްވެ އެ ހުރީ ވެސް ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދައިގެންނެވެ. ރާއްޖޭގެ ޑިމޮކްރެޓީކް ހަޔާތުގައި ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން ރައްޔިތުންގެ %68 މީހުންގެ ވޯޓުން ވެރިކަން ހޯއްދެވި ފުރަތަމަ ރައީސަކީ ޝިޔާމް ތިޔަ ހަސަދަ ވެރިވާ ހިންނަވަރު އިބްރާހީމް މުހައްމަދު ސާލިހެވެ.

އެކަނި އިނދެ އަމިއްލަ ނަފްސާ މެދު ވިސްނާލަ ބަލާށެވެ. ކަންކަން މިންވަރުވެ މަތިވެން އަންނަނީ މަކަރުވެރި ތަދުބީރަކުން ނޫނެވެ. ހީލަތްތެރި ރޭވުމަކުން ވެސް ނޫނެވެ. ތަގުދީރުގެ ނިޔާ ބަދަލުކުރަން ކުރާ ތަދުބީރަކުން ވީ މޮޅެއްނެތެވެ. މީހުންގެ ލޮލުން ތިމާގެ ދުނިޔެ ބަލައިގެން ފެންނާނީ ބަޔަކު ދައްކާތަނެއް ދެއްކި ވަރަކަށެވެ. ހަގީގަތުގައި ތެދުވެރިކަމެއް އިހުލާސްތެރިކަމެއް ކުޑަވެސް ހުރިނަމަ މިއަދު ރައީސްގެ އެންމެ ކައިރީގައި  ހުންނަން ޖެހޭ އެކަކީ ޝިޔާމު ނޫން ހެއްޔެވެ. ވަޒަނާ އަތޮޅަށް ކުލުނެއް އޮތްނަމައެވެ.

]]>
Tue, 15 Nov 2022 20:30:58 +0500 ހީރަސް
އަންނި ބުނެފިއްޔާ ޝައިތާނާ ވެސް އޯކޭ! https://heerasnews.com/694 https://heerasnews.com/694 ލަދުން ބޯހަލާކެވެ. އިންތިހާބަކަށް ދޮންކުރާ އިރަށް މި ތިބެ ވާވަރެކެވެ. ތިމާއަށް ތާއީދު ނުކުރާ ކޮންމެ މީހަކީ ގައްދާރެކެވެ. ވަގެކެވެ. އަނގަ ފި..ކެވެ. ބޭނުން ވެއްޖެ ނަމަ ކޮންމެ މީހަކަށް ކޮންމެ ގަޑިއަކު މަރުހަބާ ކިޔައެވެ. ކޮންމެ ފަދަ މުޖުރިމަކަސް ނަޝީދު ބޭނުން ވެގެން އެމްޑީޕީގެ އޮޑީގެ ހަފޮޅު އެތެރެ ވުމުން ސާފު މަލުމަލު ހުދު ފޮތިކޮޅެކެވެ. ކިލައެއް މިލައެއް ކޫރެއް ބޫރެއް ނެތް އަގު ބޮޑު ޖަވާހިރެކެވެ.

މިދައްކަނީ ނުދައްކާ ނުވެގެން އެމްޑީޕީގެ ވާހަކައެވެ. ހުރިހާ މޫސުމަކަށް ވެސް ވާހަކައިން އޮޑި ފައްކަލެވެ. އޮޑިއެއް ނުފެތޭނެއެވެ. ފިކުރު މަރެއް ވެސް ނުވާނެއެވެ. މަރު ނުވަނީ ކޮން ފިކުރެއް ކަމެއް ނޭގެއެވެ. ކަމަކާ ޖެހޭއިރު ހިޔާލު ތަފާތު ވުމުން ތިބެވެނީ އަމިއްލަ އޮޑީ ތެރޭގައި ކަނޑި ކަންފަތް މައްޗަށް ދަމައިގެން ފަޅާ އަޅާލަން ތައްޔާރަށެވެ.

30 އަހަރުގެ ދިގުވެރިކަން ނިންމަން ފޫގަޅައިގެން އަތުގުޅައިގެން އެމްޑީޕީން ނިކުތްހާ އެންމެން ޖެހުނުތާ ލަކުނުވެސް ނެތި ގެއްލިއްޖެއެވެ. ގޯގޯ ލަތީފާއި މުނައްވަރާ ޒަކީއާއި އިބްރާ މިއަދު އެމްޑީޕީއަކު ނެތެވެ.

ފުރަހަނި ޝުއައިބުމެން ފަދަ އިސް އެކްޓިވިސްޓުން އޮޔާ ދުއްވާލީއެވެ. އިސްލާހީ ހަރަކާތަށް ހަކަތަ ދިން ގާސިމަށް އެމްޑީޕީއާއި ވައިވެސް ނޭޅެވުނެވެ. ރީކޯ މޫސައާއި މަވޯޓާ ޝަރީފަށް ޖެއްސަނީ ފުޅަނގީގެ ހާލެވެ.

އެމްޑީޕީ އުފެދުނީއްސުރެ އުފެދި ބޮޑުވަމުން އައި ގަބީލީ (ކަލްޓް) ބާރެއް އެންމެ ފުނުގައި ވަކި ހިއްޕާލާފައި އޮތެވެ. އެ ގަބީލީ ވިސްނުމަށް ތާއީދު ނުކުރި އެންމެންނަށްހެން ޖެހުނީ އެއްހާލެވެ. ޖެހުނީ އެމްޑީޕީއާއި ފޭވާށެވެ. ނޫނީ ހަނު ހުންނާށެވެ. ކަލްޓާ ތަފާތު ހިޔާލެއް ފިކުރެއް ފާޅުވެއްޖެ ނަމަ އެ މީހެއްގެ ޒަމާން ދުއްވާލައެވެ.

ތަޖުރިބާތަކުން ތަންކޮޅެއް ތިލަ ކޮށްލާނަމެވެ. މައުމޫނުގެ އަށްމެންބަރު ކަންކޮށް މައުމޫނުގެ ޓިކެޓްގައި މާލެއަތޮޅު މަޖިލިސް މެންބަރު ކަމުގައި އިންނެވި އަދި ނަޝީދުގެ މައްޗަށް ވައްކަމުގެ ދައުވާ ކުރި ޕްރޮސިކިއުޓަރ އަލްއުސްތާޒު މަރިޔާ އަހުމަދު ދީދީ އެމްޑީޕީއާއި ގުޅިވަޑައި ގަތުމުން އޭރު އެވަރު ޖަވާހިރެއްނެތެވެ. ވިމަން އޮފް ކަރޭޖްއަކީ އެއީއެވެ.

އެމްޑީޕީގެ މަންމަޔަކީ އެއީއެވެ. މިއަދު އެމްޑީޕީގެ ސްލޮޓްގައި ރާއްޖޭގެ ދިފާއިވަޒީރުކަން އެ ކުރައްވަނީ ހަމަ އެ މާރިޔާ ދީދީއެވެ. ނަޝީދު ނުރުހުމުން މި އަދަކު މާރިޔާ އެމްޑީޕީއަށް ކޮށްދެއްވި އެއްވެސް ހެޔޮކަމެއް ޕަޕެޓް ކަލްޓަކަށް ނުވެއެވެ. މިއަދު މަރިޔާއަކީ އެމީހުންގެ ނަޒަރުގައި އެމްޑީޕީގެ ދޮންއަމައެވެ.

މައުމޫނުގެ ވެރިކަމުގައި އެމްޑީޕީއަށް އެންމެ ފުރައްސާރަކޮށް ހެދުމުގެ ސަބަބުން ޖަނާޒާކުޑޭގެ ނަމުން މަޝްހޫރުވި ޑރ.ޝަހީދު ހުރީ ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ހަރިޖީ ވަޒީރުކަމުގައެވެ. ކިތަންމެ ލާދީނީ ވިޔަސް ޕަޕެޓްކަލްޓަށް ޝަހީދު ވަރެއް އަދިވެސް ނެތެވެ. ނަޝީދުގެ ރުހުން އޮތީމައެވެ.

ނަޝީދު، އަލީ ވަހީދު: އެމްޑީޕީއަށް ގެނައީ އުރާލައިގެން

ޑީއާރުޕީގެ ނައިބަކަށް ހުރެ އެމްޑީޕީއަށް ބޫންބޫން އެޅުވި އަލީވަހީދު ގޯއްޗާއި ފައިސާ ދީގެން ކަރުގައި މާފަތި އަޅުވާ އުރާލައިގެން ގެނެސް ޗެއަރޕަރސަންގެ ގޮޑީގައި ވެޑުވިއިރު އެ ވަރު މީހަކު ނެތެވެ. ރިޔާސީ ތަންމަތި ފަޅުފިލުވާދޭ ހިސާބަށް ބޮނޑިކޮށް ލާމެހިގެން އުޅުނު އިރު އެއަށްވުރެ އެމްޑީޕީ މީހަކު އުޑު ދަށުގައި ނެތެވެ. ޑީއާރުޕީގެ އަނެއް ފަހުލަވާނު އަލްހާނު ފަހުމީ ގެނެސް ދެފުށުން ފިރުމާ އިއްޒަތް ދީގެން ބާރު ދީގެން ގެންގުޅެ ހިޔާލު ތަފާތު ވެލާއިރަށް ކާޅަށްކޮށާ މަސްދީ، ފައްސާ ނަގާލީ ހަމަ ނަޝީދުގެ ކަލްޓުންނެވެ.

އެމްޑީޕީއަށް ވެލި ކާންދޭން އުޅުނު ތަސްމީނު އަލީއާއި އޭނާގެ ޕެކޭޖު އެމްޑީޕީއަށް ގެންނަން އުޅުނު އިރު ނަޝީދު ހީވީ ގުރުސް ފެންމަތިވެގެން އުޅުނު ހެންނެވެ. އެ މީހުން ރުއްސަން ނަޝީދު އޭރު ނުކުރަނީ ކީއްހެއްޔެވެ. އެ ގޭގޭއަށް ވަދެ އެނދު ތަންމަތިއަޅާ ދަރިން ނިންދަވާ ފެންވަރުވާ ހަދާދީ އުޅުނޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. އެމްޑީޕީއަށްޓަކާ ޖާނާ މާލުން ގުރުބާންވި މައުރޫފު ޒާކިރު ވެސް ޕްރައިމަރީ އޮޅާލައިގެން ކަޓުވާލާ ތަސްމީނަށް އެމްޑީޕީގެ ޓިކެޓް ދިނީ ނަޝީދުގެ މަކަރާ ހީލަތުން ނޫން ހެއްޔެވެ. އަދި އަދަށް ވެސް ކެންދޫ ދައިރާގައި އެމްޑީޕީ އެ އުޅެނީ އެ އުނދަގުލުން އަރައި ނުގަނެގެނެވެ.

އަލީ އާޒިމް އެމްޑީޕީއަށް ސޮއި ކުރަނީ

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ތަސްމީނާއެކު އެމްޑީޕީއަށް އައި އެންމެން ފިސާރި ރަނގަޅަށް އެމްޑީޕީގެ ތެރޭގައި އެ ތިބީ ގަދަކޮށެވެ. ބަލި ނުކުރެވޭ ވަރަށެވެ. ތަސްމީނެއް ރޮޒައިނާއެއް އަލީއާޒިމެއް ނާޝިޒެއް ޝާހިދެއް ކިޔާނެކަމެއް ނެތެވެ. އުޅޭ ތަނެއްގައި އެވެރިން އުޅެނީ ފިސާރި ކެރިގެންނެވެ.

ޑީއާރުޕީ ހަލާކޮށްފައި ރޮޒޭނާ އައިސް އުޅޭ ވާހަކަ ދައްކާއިރު އަލީ އާޒިމުގެ ވާހަކަ އެ މޭރުމުން ނުދައްކަނީ އަލީ އާޒިމު ނަޝީދުގެ ފަހަތުގައި ހުރީމާކަން އޮޅިގެން އުޅޭ މީހަކު ނެތެވެ. ޔާމީނުގެ އަނިޔާވެރިކަން ތަހައްމަލު ކުރަމުން ދިޔައިރު އެމްޑީޕީއަށްޓަކާ ރޮޒޭނާ ވަރުގެ ގުރުބާނީއެއް ވީ މީހަކު މަދުވާނެއެވެ. ހޮދު ނަޝީދުގެ ދުލުން ރޮޒޭނާއަށް ތައުރީފުކޮށް ވާހަކަ ދެއްކީ އެއްތާކު ދޭތަކު ނޫނެވެ. އެއް ފަހަރަކު ދެފަހަރަކު ނޫނެވެ. ރޮޒައިނާ އެމްޑީޕީއަށްޓަކަ ވަމުން ދާ ގުރުބަނީ ޢާއްމު މެންބަރުން ބަލައިގަނެއެވެ. އެކަން އެންމެ ފަހުން އޮތް އިންތިހާބުން އެއޮތީ ސާފުކޮށް ފެންނާށެވެ. އޭރުވެސް ޕަޕެޓް ކަލްޓުން މިހާރު ތިޔަކިޔާ ހުރިހާ އެއްޗެއް ކިޔެވެ. އަޑު އެހީ ކާކު ހެއްޔެވެ.

އެމްޑީޕީ ތަމްސީލުކުރަނީ: އޭރު އިންތިއަށް ރޮޒޭނާ ވަރަށް ފައްކާ

ޕާޓީއަށް ގިނަ ދުވަސް ވެގެން އިމްތިޔާޒް ފަހުމީމެން ކުރި ކަންކަމަށް ވުރެ އެމްޑީޕީއަށްޓަކާ ރޮޒައިނާ ވީ ގުރުބާނީ މާ ބޮޑުވެފައި މާސާފެވެ. އެހެން ނޫނަސް އިމްތިޔާޒް ފަހުމީމެނަށް ތިޔަ ތިބެވެނީ ކަލްޓެއްގެ ތެރޭގައި ޕަޕެޓުންނަށް ވެވިފައެވެ. އަމިއްލަ ވިސްނުމާ ފިކުރު ނަޝީގެ މުށުތެރޭގައި ގައިދު ކޮށްގެންނެވެ. ނަޝީދު ބުނެފިއްޔާ ޝައިތާނާއަށް ވެސް އޯކޭ ވެގެންނެވެ.

]]>
Mon, 14 Nov 2022 19:30:26 +0500 ހީރަސް
ސަރުކާރުގައި އެޅި ކޮރަޕްޝަނުގެ ބޮޑުފަންޏަކީ ނަޝީދު! https://heerasnews.com/689 https://heerasnews.com/689 އަމާޒެއް ސްޓޭންޑެއް ނެތީ ސަރުކާރުގެއެއް ނޫނެވެ. އަމާޒެއް ސްޓޭންޑެއް ނެތީ ނަޝިދާއި އޭނާގެ ބައިގަނޑުގެއެވެ. ކޮރަޕްޝަނާ ފަސާދަ ހުއްޓުވަން ބޭނުން ނަމަ އަރަންވީ ވެސް ނަޝީދުގެ ފަހަތަކަށް ނޫނެވެ. އިސްލާހަށް މަސައްކަތް ކުރާނަމުގައި ވެރިކަމުގެ އާރާ ބާރުގެ ދަހިވެތިކަމުގައި އުޅެނީވެސް ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. އިސްލާހަށްޓަކައި ގައިގާ ކޫރާއި ބޫރު އެޅުނީކީ ނަޝީދުގެ އެކަންޏަކު ނޫނެވެ. ނަޝީދާ އެއްވިސްނުމެއްގައި ނެތް ކޮންމެ މީހަކީ އިސްލަހީ މަސައްކަތް ކުރި މީހެއް ކަމަށް ނުދުށުމަކީ ތިމާމެންގެ އަމިއްލަ އެދުން ބޮޑުކަން އެންމެ ބޮޑަށް ފާޅުވާ ސަބަބެވެ.

ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން މަންޑޭލާ ހެދިގެން އުޅުނީ އަމިއްލަ ޖާހު މަތިކޮށް ހައިބަތު ބޮޑުކުރާށެވެ. އިމްތިޔާޒު ފަހުމީއަށް އެކަން ނޭގި އޮތުމަކީ އިސްލާހީ ހަރަކާތުގައި އިމްތިޔާޒު ނޫޅޭކަން ކަށަވަރު ވެގެން ދިޔަކަމެކެވެ. ނަޝީދުގެ ރައީސް ކަމާ ހަމައިން ދާއިރާގެ ގޮނޑިއަށްޓަކައި އެމްޑީޕީ ފެނުނު އިމްތިޔާޒު ފަހުމީ ކަހަލަ މީހުނަށް ވާނީ އެހެންނެވެ.

ނަޝީދުގެ ވެރިކަމުގައި ހިންގިހާ ކޮރަޕްޝަނާ ފަސާދައިގެ މޭސްތިރިއަކީ ހޮދު ނަޝީދެވެ. ޔާމީނު ކޮށްލިވަރު ނުކޮށްލިއެއް ކަމަކު ހިންގި ކޮރަޕްޝަނެއް މަދެއް ނޫނެވެ. އެނގޭނީ ބަޔަކު ބަލައިލީމައެވެ. އެދުވަސް ވަރުގެ އޮޑިޓް ރިޕޯޓްތަކުން އެކަނިވެސް ނަޝީދަކީ ވެސް ކޮރަޕްޓް މީހެއްކަން ސާބިތުވާނެއެވެ.

ނަޝީދުގެ ވެރިކަމުގައި ބައި އަޅައިގެން ފްލޯޓިންގ ސިޓީ އެޅުމަށް ފަޅުތަކެއް ވިއްކާ ފައިސާ ނެގީ މިސަރުކާރަކުން ނޫނެވެ. އަމިއްލަ ޖީބަށް ވައްދާފައި އޮތްލެއް ގިނަ ކަމުން އެއްބަސްވުމާ އެއްގޮތަށް އެކަން ނުކޮށް އޮތަސް އެކަމުގައި އެތައް ނަޖާއިޒު ކަންތައް ތަކެއް ހިނގާފައި އޮތްކަން އެގިހުރެ މި ސަރުކާރަށް ވީފަހުން އެއްބަސް ވުން އައުކުރަން ފޫގަޅާފައި އުޅުނީ ކޮން ބައެއް ހެއްޔެވެ. ހީލަތްތެރި ކަމާއެކު ސަރުކާރުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަންކަން ރާވާ ހިންގި މީހުން އެ ތިބީ ފެންނާށެވެ. ބޮޑު މަންފާއެއް ނުހޯދާ މި ބައިގަނޑު އެކަން ކުރާން ނޫޅޭނެކަން ކަށަވަރެވެ. ނަޒާހަތްތެރި ސިއްކަ ޖަހައިގެން ނަޝީދާއި އީވާއާއި އިމްތިޔާޒާއި ހަސަން ލަތީފު ހިންގާލި ކޮރަޕްޝަން ބަލައިލަން ނިކަން ފައްކާވާނެއެވެ. މިއެންމެން މިތިބީ މަޖިލީހުގެ ޖަލްސާއެއްގައެއް ނޫންނެވެ. ސަރުކާރާ ބޭރު ކުންފުންޏަކާ ހަދާ އެއްބަސްވުމެއް ހަދަން މި އެންމެން ގޮސް މި ތިބީ ކޮން ރަލެއް ބޮވިފައި ތިބެގެން ހެއްޔެވެ.

މި ސަރުކާރު ތެރޭގައި ކޮރަޕްޝަނާ ފަސާދަ ހިންގިއްޔާ ހިންގީވެސް ނަޝީދުގެ ބައިވެރިންނެވެ. ރައީސް ސޯލިހު ބަދުނާމު ކުރުމަށްޓަކައި ދުރާލާ ރާވައިގެންނެވެ. އެންމެން މަޝްހޫރު ކުރާ ވެންޓިލޭޓަރ ގަތުމުގެ ކަންކަމުގައި އުޅުނީ ސީދާ ނަޝީދެވެ. ފޫޅުކަނޑާލީ އޭރުގެ ހެލްތު މިނިސްޓަރ ބޮލަށެވެ.

މަޖިލީހުގައި ކޮރަޕްޝަނުގެ ވާހަކަ އެންމެ ބާރަށް ދެއްކި ވިލުފުށި އަފީފުގެ އަނގަ ބަންދުވީ ނަޝީދު މެދުވެރިވެގެން ހޯދި ޓެސްޓްކިޓް ޑީލުންނެކޭ ބުނާކަށް ނެތީމެވެ. އެ އަފީފަކު އަދިވެސް އެފުއްޕަނީ ކޮވިޑްގެ މެޑިކަލް އިކްވިޕްމަންޓް ސަޕްލައި ކުރަން ނުދީގެންނޭ ބުންޏަސް ގޯސްވަނީ މަށެވެ. އެވެސް ބިޑް ވިންކުރާ ފަރާތް ކަޓުވާލާފަ އަފީފާއި ހިޔަލީ ގެ ކުންފުންޏަށް ނުދީގެނެވެ. އަރާއިރު އަހުމަދު ރަޝީދުމެނަށް ވެސް ވެގެން މިއުޅެނީ އެހެންތާއެވެ.

އީވާގެ ފިރި ސާބެއާއި އިލްޔާސް ލަބީބުގެ ކުންފުންޏަށް ޕްރޮޖެކްޓްތައް އޮއްސުވާލުމުގެ ފަހަތުގައި ހުރީ އެހެން ކާކުހެއްޔެވެ. ޕްރޮޖެކްތްތައް ނަގައިގެން ޕްރޮޖެކްތްތައް ނުނިންމާ ތިބީ އެހެން ކަމަކު ނޫނެވެ. ސަރުކާރު ބަދުނާމު ކުރާށެވެ.

ރިނަޔަބްލް އެނަރޖީ ރާއްޖެއަށް މާރކެޓްކޮށް ރާއްޖޭގައި ކުރާ ސޯލަރހަކަތައިގެ ކޮންމެ ވިޔަފާރިއަކުން ނަޝީދުގެ އަމިއްލަ ޖީބަށް ފައިސާ ވައްދައެކޭ ނުބުނަމެވެ. ނަންވާނީ އަލްގީނު މީޓިއޮރޮލޮޖީއަށް ޖަޕާނުން ދިން ޑޮލަރުކޮޅެއް އަމިއްލަ އެކައުންޓަށް ވެއްދި ކަމެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ދައުލަތަށް ލިބޭފައިސާއަށްވުރެ ގިނަ ފައިސާ ނަޝީދުގެ ޖީބަށް އޮހޭކަމަކަށް މަށަކު ނުކިޔަމެވެ.

ވަޒީރުންނާ ގުޅާ ބިރު ދައްކައިގެން ރައްޓެހިންނަށް ލޯނާއި އެކި ނަން ނަމުގައި ފައިސާ ހޯދަން ނަޝީދު އުޅެއެކޭ ނުބުނަމެވެ. އެމްޑީޕީ ގައުމީ މަޖިލީހުގައި ތިބި ނަޝީދުގެ ޕަޕެޓުންނަށް މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓާއި މަސައްކަތް ހޯދާދީގެން ބަޔަކު އަޅުވެތި ކޮށްގެން އުޅެއެކޭ ވެސް ނުކިޔަމެވެ. ޕާޓީގެ ސްލޮޓްގައި ސަރުކާރަށް ބޭވަފާތެރި ނަޝީދަށް ވަފާތެރި ސިޔާސީ ވެރިން އިސްކޮށްގެން ސަރުކާރުގެ ކަންކަން ފަސްކޮށް ލަސްކޮށް މުއައްސަސާތައް ވާގިނައްތަމުން ގެންދާ ކަމަށް ބުނެ ފިއްޔާ އެވެސް ވަނީ ދޮގަކަށްތާއެވެ.

ގުޅިގެން ހީލަތްތެރިކަމާއެކު ގޯސްތައް ހަދައިގެން ތިބެ އިދިކޮޅު ވާދަވެރިންނަށް ވުރެބާރަށް ސަރުކާރަށް ކޮރަޕްޝަނޭ ވައްކަމޭ ކިޔައިގެން ނަޝީދާ ބައިވެރިން އެބަ ބަވައެވެ. ސަރުކާރުގައި ކޮރަޕްޝަން އޮވެގެން އެންމެ ބާރަށް ނެގިނެގިފަ ޖެހޭއިރު މި ސަރުކާރުގައި އަޅާފައިވާ ކޮރަޕްޝަނުގެ ބޮޑުފަންޏަކީ ނަޝީދު ނޫން ހެއްޔެވެ.

]]>
Sat, 12 Nov 2022 16:19:42 +0500 ހީރަސް
ބައިރޯ ހިފައިގެން ހީރޯ ހެދުނަސް އިންތިއަކީ ޒީރޯ https://heerasnews.com/686 https://heerasnews.com/686 އިންތިއެއް ކަމަކު މާބަރަށް ތެޅެންޏާ ފައިބާނީ ހުޅުނބެވެ. އިމްތިޔާޒު ފަހުމީއަށް ކަމުދާ ކަމެއް ރައީސް ސާލިހު ސަރުކާރަކަށް ނުކުރެވޭނެއެވެ. އިންތިހާބަކުން ބަލިވީމާ އަދިވެސް ތިޔަ އުޅެނީ ބަލި ގަބޫލު ނުކުރެވިގެންނެވެ. ޒާތަކަށް އަރިއަކަށް ޖެހި ހުރެގެން ތިޔަފާޑަށް ތިޔަ އުޅެނީ ސްޕޯޓްލައިޓާއި ސިއެސްޓާ ހުށަހަޅާ ދޭކަށް ނޫން ވިއްޔާއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނަތާ ދިހަބާރަ އަހަރު ވީއެވެ. ކުރެވުނީ ކީއްހެއްޔެވެ. ކޮށްދެވުނީ ކީއްހެއްޔެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރަރަކަށް ހުރެގެން ޖުޑީޝަރީއަށް ގެނެސް ދެވުނީ ކޮން އިސްލާހެއް ހެއްޔެވެ. ތިބިއްޔާ ތިބި ގާޒީއެއް ކަޑާ އުކުންނޫން ކަމެއް އެބަކުރަން ހެއްޔެވެ. މީހުންގެ ނަފަރަތާ ރުޅި ސަރުކާރުދެކެ އަންނާނެ ހުރިހާކަމެއް ހީލަތްތެރި ކަމާއެކު އެބަކުރަމު ނޫންހެއްޔެވެ. ތިޔަ ކަހަލަ ޖާހިލު ވިސްނުމެއްގައި ކުރާއެއް ވެސް ކަމަކުން ތިޔަ އެދޭ ނަތީޖާއެއް ހާސިލެއް ނުވާނެއެވެ. 

ބަރުލަމާނީ ސަރުކާރެއް އުފައްދައިގެން ނަޝީދަށް ބޮޑުވަޒީރުކަން ހޯދައިދީގެން ވަޒީރުކަން ކުރުމުގެ ހުވަފެން ކުލަނުވެ ސަފުން ބާކީވުން ނޫން ކަމެއް އެބަ ވޭހެއްޔެވެ. ނުވެއެވެ. ނުވެސް ވާނެއެވެ. ރައްޔިތުންގެ ވިންދާ ދެކޮޅަށް ގައިވީދުން ނޫން ކަމެއް މުޅި ސިޔާސީ ހަޔާތުގައި ކޮށްފައެއް ނެތެވެ. ޑިމޮކްރަސީގެ މައި ރުކުން ކަމުގައިވާ މެޖޯރިޓީއަށް ތަބާވުމުގެ ކަންފުޅެއް ވެސް ތިޔަ ބައިގަޑުގެ އެކެއްގެ ގައިގާނެތެވެ.  

އެމްޑީޕީގެ ސްޕޯކްސް ޕަރސަނަކަށް ހުރެ އެމްޑީޕީއަށް ކޮށްދިން މޮޅު ކަމަކީ ކޮބާހެއްޔެވެ. އެމްޑީޕީގެ ސޫރަ ރީތި ކުރެވުނު ހެއްޔެވެ. ޑިމޮކްރަސީގެ ނަމުގައި ދިވެހިވެށި ހަރާބު ކުރުމުގެ ހުތުރު ނަން ނޫން އެއްޗެއް ތިޔަ ބައިގަނޑާ ހެދި އެމްޑީޕީއަށް ލިބުނު ހެއްޔެވެ. ދެއްކިހާ ވާހަކައިން ގިނަ ބައެއްގެ ނަފްރަތާއި ރުޅިވެރިކަން ނޫން އެއްޗެއް އެމްޑީޕީއަށް ހޯދާ ދެވުނު ހެއްޔެވެ. 

ބޮޑު ޖަލްސާއެއް އޮތިއްޔާ މުޅި ބޮލުން ފޭދޭ ވަރަށް ތެޔޮލާ ޓިންޓިން ސަޑު ނަގައިގެން ޕޯޑިއަމުގައި ބައިސާ ކެޑުން ނޫންކަމެއް ކުރެވުނު ހެއްޔެވެ. ހައްގަކީ ބާތިލަކީވެސް އިންތި ދެކޭގޮތެވެ. ސަރުކާރުގެ މެދުވެރިކޮށްގެން އިންތިމެން ޖަހަން ތިޔަ އުޅެނީ ކޮން ސަކަރާތެއް ކަން އެންމެނަށް ވެސް އެބަ އެނގެއެވެ. 

ނަޝީދު ނޫން މީހަކު ވެރިކަމުގައި ހުރިއްޔާ އިންތިމެން އުޅޭނީ ތިފާޑަށެވެ. މެޖޯރިޓީއަށް ތާއީދު ކުރުމަކީ އިންތިމެން ދަންނަކަމެއް ނޫނެވެ. އިންތި ދެކޭ ގޮތުގައި އެންމެން ވެސް ވިސްނަންވީ އިންތިމެންގެ ސިކުނޑިންނެވެ. ބަޔަކު ގަޅަހައްދައިގެން އިންތިމެނަށް އުޅެވުނު ޒަމާ ހިނގައްޖެއެވެ. ތިޔައީ ވެސް މިހާރު މާޒީއެވެ. ސަފުން ބަކީވެގެން ފުސްމޫނު ދެއްކިޔަސް ލޮއްސަން ފަހަތުން ހިނގާނެ ބަޔަކު މިހާރަކު ނެތެވެ.

ބައިރޯ ހިފައިގެން ހީރޯ ހެދުނަސް އިންތިއަކީ ހަމަ ޒީރޯއެވެ. އެކަން ޗެއަރޕަރސަންގެ އިންތިހާބުން ފެނިއްޖެ ނޫން ހެއްޔެވެ. ބަލިވީމާ ބަލި ގަބޫލުކޮށް ގުޅެގެން އުޅެވޭ ވަރަށްވުރެ މާބޮޑަލެވެ. ނުރުހި ދުރަށްދާން ކެރޭ ވަރަށް ފިޑިއެވެ. ދެކޮޅު ކޮސް މެދު ރ..އެވެ.

ގާނޫނީ ބިލު ޑްރާފްޓްކޮށް ހުށަ ހެޅުމުގެ ބާރު މެންބަރުންނަށް އެބައޮތެވެ. ތިޔަހާ މޮޅިއްޔާ ޖޫޑިޝަލް ސަރވިސް ކަމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކޮށްދޭންވީ ނޫން ހެއްޔެވެ. އެކަން ނުކުރާން ތިޔަ ހުންނަނީ އައްނިއަށް އެތަނުން ނިކުންނަށް ޖެހިދާނެތީ ނޫން ހެއްޔެވެ. މުޅި އާއިލާގެ ގިނަ ބޭފުޅުން ތަކެއް ޝަރުއީ ނިޒާމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވިޔަތީ ޖުޑިޝަރީއަށް ފާވެގަނެ އިނދެގެން އެ ބޭފުޅުންގެ ނަން ހަރާބު ކުރުން ނޫން ކަމެއް އެބަކުރަން ހެއްޔެވެ. ކުރަން އުޅެނީ ކީއްކަން އޮޅިގެން އުޅޭ އެކަކު ވެސް ނެތެވެ.

ތިޔަ ބައިގަނޑުގެ އަމިއްލަ އެޖެންޑައަށްޓަކާ އިމްތިޔާޒު ތިޔައީ އަމިއްލަ ބޭބެ ހަވަރަށްދީ އެ ފަކީރުގެ ޒަމާން ދުއްވާލުމުގެ އެންމެ އަޑީގައި ހުރި މީހާ ނޫން ހެއްޔެވެ. އަފްރާޝީމަށް ވީވަރު ނުވެ އެފަކީރު ސަލަމަތްވީ ތިމާގެ ބޭބެއަށް ވީތީ ނޫން ހެއްޔެވެ. ދުލުގައި ހިފާ ދަމަން ނުހަދާށެވެ.

]]>
Sat, 12 Nov 2022 02:29:32 +0500 ހީރަސް
އެއްބާރުލުން ނުހޯދެންޏާ އަވަހަށް މުއިއްޒު އިސްތުފާދީ https://heerasnews.com/681 https://heerasnews.com/681

ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ކަންކަން ބޮލުން ނައްޓަން މާލޭ ސިޓީ ކައުންސިލެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. ސިޓީ ކައުންސިލްގެ ޒިންމާއަކީ މޮނިޓަރކޮށް ކަމާ ބެހޭ އިދާރާތަކަށް އެންގުން އެކަނި ހެއްޔެވެ. ކަންކަން ހައްލު ކުރަން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަކީ ސިޓީ ކައުން ސިލްގެ ޒިންމާއެއް ނޫން ހެއްޔެވެ. ވެވެން އޮތްގޮތެއް ހޯދައިގެން މާލޭގެ މައްސަލަތައް ހައްލު ކުރުމަކީ އެހެން ކޮން ބައެއްގެ ކަމެއް ހެއްޔެވެ. ކަމެއް ދިމާވުމުން އެއްބާރުލުމެއް ނުދެޔޭ ބަޖެޓެއް ނެތޭ ކިޔާނެ ކަމެއް ނެތެވެ.

މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނިޓަރކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކަށް މައްސަލަތައް ހުށަހަޅައިގެން އުޅޭ ވާހަކަ ބުނަންވީ މިހާރު ހެއްޔެވެ. ތިޔަ ދައްކަނީ ކޮވިޑްގެ ހާލަތުގައި ކުރި ސާރވޭއެއްގެ ވާހަކަ ނޫން ހެއްޔެވެ. މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު އެނގި ތިބެ އެ ކަންކަން ހައްލު ކުރަން އެއްބާރުލުން ހޯދަން އުޅުމަކީ ތިމާމެންގެ މަސްއޫލިއްޔަތެއް ނޫން ހެއްޔެވެ. ހިތާވެރި ހާދިސާއެއް ހިނގުމުން ކަމުން ރެކި އަނެއް ބައެއްގެ ބޮލުގައި ކަންކަން އަޅުވައިގެން ރެކެން އެއްބަޔަކު ވެސް އުޅޭނެ ކަމެއް ނެތެވެ.

މާލޭ ސިޓީ ކައުންސިލުން ތިޔަ ބުނާ ސާރވޭއެއް ހަދާފައި އޮވެދާނެއެވެ. ސާރވޭގެ މައުލޫމާތު ހިއްސާ ކޮށްފައި ވެސް އޮވެ ދާނެއެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ އެކަށީގެންވާ ޕްލޭނެއް ހަދާ ހައްލު ކުރެވެން ހުރި ކަންކަން ހައްލު ކުރުމަށް އެއްވެސް ފެންވަރެއްގައި މަސައްކަތްކޮށްފައި ސިޓީ ކައުންސިލުން ނެތް ކަމެވެ. ކިރިޔާ ކަމެއް ކުރި ނަމަވެސް މީޑިއާ ތަކުގެ ފަލަ ސުރުހީއަށް ނާރުވާ މުއިއްޒަށް ކެތެއް ނުވާނެއެވެ.  

ސިޓީ ކައުންސިލުން ސަރުކާރާއި އެއްބާރުލުން ދޭ ނަމަ ސަރުކާރުގެ އެއް ބާރުލުން ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. ކަންކަން ކުރެވޭނެ ކޮންމެ ވެސް މަގެއް ފެންނާނެއެވެ. އެއްބާރުލުން ނުލިބޭއިރު މަހުން މަހަށް މުސާރަ ނަގައިގެން ކަންކަން ނުކުރެވޭ މަގާމު ތަކެއްގައި މާލެ ސިޓީ ކައުންސިލްގައި ތިޔަ ތިބެނީ ކީއްވެފައި ހެއްޔެވެ. އެއްބާރުލުން ހޯދޭވަރުގެ ބަޔަކަށް ޖާގަދޭން އަވަހަށް އިސްތުފާ ދޭށެވެ. ރައްޔިތުންނަށް ކޮންމެ ހާލެއް ޖެހުނަސް މާލެ ސިޓީ ކައުންސިލުން ވެސް ބޭނުން ވަނީ ސަރުކާރުން ކަންކަން ނުކުރެވޭ ކަން ދައްކާށެވެ. ސަރުކާރު ބަދުނާމު ކުރާށެވެ. ރައްޔިތުން ރުޅި އަރުވާށެވެ. ރައްޔިތުންނަށް ހިދުމަތެއް ކޮށްދޭކަށް ނޫނެވެ.

ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުން ނޫން ހައްލެއް ސިޓީ ކައުންސިލަށް އޮތް ކަމަކަށް ނުވެއެވެ. މޭޔަރ މުއިއްޒު އަދިވެސް ބޭނުން ވަނީ ޔާމީނު ސަރުކާރުގެ ހުރިހާ ޕްލޭނެއް މި ސަރުކާރުން ތަންފީޒު ކުރުވާށެވެ. އެ ނޫން އެއްވެސް ގޮތެއް މުއިއްޒަށް އޮންނަ ކަމަކަށް ނުވެއެވެ. އެގެން ޖެހޭ ކަމަކީ މުއިއްޒަކީ މިހާރު ހައުސިންގ މިނިސްޓަރ ނޫންކަމެވެ.

ވިލިމާލެ ބްރިޖުގެ މަސައްކަތަށް ވަގުތީ ގޮތުން އިންޑަސްޓްރިއަލް ވިލެޖު ބޭނުން ކުރިޔަ ނުދޭން ކުރެވެން އޮތް ހުރިހާ ކަމެއް މުއިއްޒު ކުރަން ބޭނުމެވެ. ވިލިމާލެ ބުރިޖަކީ މި ސަރުކާރުން އަޅާކަށް މުއިއްޒު ބޭނުންވާ ބުރިޖެއް ނޫނެވެ. އެހެން ވީމާ އިންޑަސްޓްރިއަލް ވިލެޖު ނޫން ތަނެއް ގަރާޖުތައް ބަދަލު ކުރާކަށް މުއިއްޒަކަށް ނުފެންނާނެއެވެ. ފެންނަ ކަމަކަށް ނުވެސް ހަދާނެއެވެ. ސަރުކާރުން ތަނެއް ދެއްކިޔަސް ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން އެ ކަމެއް މުއިއްޒު ނުކުރާނެއެވެ.

ފަޅުމަތީ މަގުގައި ހުސްކޮށް ހުރި ބިންތަކާއި ވިލާ ގޭސްގެ ބިއްދަށުން އޮންނަ އާރްޑީސީގެ ބިން ނަގައި އާރްޑީސީ އަށް އެހެން ބިމެއް ދިނުމަށް ފަހު އެ ސަރަހައްދުގައި މާލޭގައި ހުރި ގަރާޖު ތަކާއި ވޯކްޝޮޕްތައް ބަދަލު ކުރުމުގެ މަސައްކަތް ފެށިއިރު އެ ތަންތަނާ މެދު ސަރުކާރުން ޕްލޭންކޮށްފައި އޮތީ ކޮންކަމެއް ކުރަންތޯ މުއިއްޒު ބަލައެއް ނުލައެވެ. އެ ވަރުގެ ބޮޑެތި ނިންމުން ނިންމާ އަމަލު ކުރަން ފަށާއިރު ސަރުކާރުގެ ވިސްނުން ހުރި ގޮތް ބަލާނުލާ މަޝްވަރާ ނުކޮށް ހިތުހުރި ގޮތަކަށް އެއްއިރަކު ވެސް އެއްތާކު އެއްބަޔަކަށް ވެސް ކަމެއް ނުރެވޭނެ ނޫން ހެއްޔެވެ. އެ ވަރުވެސް މުއިއްޒުމެން ބަލައެއް ނުލައެވެ. މަޝްވަރާކޮށް ހައްލެއް ނުހޯދައެވެ. ސިޓީ ކައުންސިލަކީ ވަކި ސަރުކާރެއް ކަހަލައެވެ. އެ މީހުން ހިތުން ސަރުކާރަކީ އެ މީހުން ނިންމާނެހާ ގޮތަކަށް ކަންކަން ނިންމުމުން އެ ކަމަކަށް ފެސިލިޓޭޓް ކޮށްދޭން ތިބި ބައެކެވެ. ދިމާވާ ކޮންމެ ދެރައެއް ގައިން ނައްޓާ އެހެން ފަރާތެއްގެ ބޮލަށް ކަނޑާލުމަކުން ސިޓީ ކައުންސިލަށް ވާޖިބު އަދާ ކުރެވޭ ކަމަކަށް ނުވާނެއެވެ.

]]>
Thu, 10 Nov 2022 16:35:41 +0500 ހީރަސް
މަލީހުގެ ތަފާލުގައި ދަނޑިން ތެޅުން https://heerasnews.com/669 https://heerasnews.com/669 ވަޒީރު ކަމެއް ލިބޭތޯ ރުނބާ މުށިގަނޑަކުން ބާލަން ޖެހުނަސް މިއުޅޭ މަލީހަކު ބާލާނެއެވެ. ވެރިކަމަށް އަތުވެދާނެހެން ހީވާ މީހާގެ ފައި ދޮންނި ފެން ބޯން ވިޔަސް މަލީހު ބޯނެއެވެ. ވަޒީރު ކަމައިގެން ބަނޑު ކެނޑިފައި އެ ހުންނަނީ މާވަރަކަށެވެ.

ތިމާގެ ގައިގާ ފެންވަރެއް ނެތި ސައިޒަށް ވުރެ ބޮޑެތި ބޫޓަށް އަރަން ހަދައިގެން ކޮންމެ ފަހަރަކު އަނގަ ވަތަށް ވެއްޓި މުޅި މީހާ ނަޖިސް ވެއެވެ. އިސާހިތަކު ކަނޑު ހިނގާ އައިނުން ބާކީވެ ފުޅަނތްގަށް ވާވަރު ވެސް މި ފަކީރަކަށް ނުވެއެވެ. އިހުޒަމާނުގައި ގަސް ގަސް ދޮށުގައި އުކުނު ނަގަން ތިބޭ ރަނޑާލި އަންހެނުންނަށް ވުރެ ރަނބަގިރުން މި މަލީހަކު ބޮޑެވެ.

2015 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގައި ޕީޕީއެމް އޮތް އިރު އެތާނގައި ލާނުހިފައިގެން އެ މީހުނަށް ނުގޮވާކަ ކުނި ފުޅައެއް ނެތެވެ. ޔާމީނަށް ވުރެ ބޮޑު ވަގެއް ވެސް އޭރަކު މަލީހަކަށް ނެތެވެ. ޔާމީނަށް ވުރެ އަނިޔާވެރި މީހަކު ދުނިޔެ ދުށް ކަމަކަށް މަލީހަކަށް ނުވެއެވެ. ޔާމީނަށް ވުރެ ގައުމަށް ބޮޑު ގައްދާރަކު ވެސް އޭނާ އަކަށް ނެތެވެ.

ޕީޕީއެމުން ވަކިވަމުން މި ކަލޭގެ ބުނެފަ އޮތީ ދިވެހި ބިން ފަރަންޖީންނަށް ވިއްކާ މިލްކު ކުރޭވޭ ގޮތަށް ޕިޕީއެމް އިސްވެ އޮވެ ގާނޫނު އަސާސީ އިސްލާހު ކުރުމުން އެޕާޓީ ދޫކޮށްލި ވާހަކައެވެ. ދިވެހި ރާއްޖެ ސޭލްގައި އޮތް ކަމަށް ސިފަކޮށް ޓެގްކޮށް ކުރި ޓްވީޓް އަދިވެސް އެ އޮތީއެވެ.

އެ ދުވަހު ސަހަރޯއޭ ހިތައް އެރިއެވެ. ދުވަހަކު ޕީޕީކޮޅަށް ބޯނުލާނެ ކަމަށް އޭރު ގިނަ ބަޔަކު ހީކުރިއެވެ. އެކަމަކަު ނިކަން ދެކެ ބަލާށެވެ. ހަމަ އެ ޕީޕީއެމެވެ. އެ ޔާމީނެވެ. މަލީހު އެ ހުރީ އަނެއްކާ އޭގެ ތެރެއަށް ބޯ މަހާލައިގެންނެވެ. މި ފަހަރު ދުއްވާލާނީ ކިހާވަރަކުން ބާއެވެ.

2018 ގައި އިބޫ ސޯލިހުގައިގައި ތަތްލާފާ އިން އައްޓަ މަހެކޭ މަލީހެކޭ ތަފާތެއް ނެތެވެ. ޔާމީނަށް ކުނި ފުޅަ ހަޔާތް ގޮވަމުން އިބޫ އެރިހާ ރަށަކަށް އަރައިގެން ކަރު ފަޅައިގެން ދާވަރަށް މަލީހު ހަޅޭލީ އިރު ހީވީ އިބޫ ހުރީ އުމަރުގެފާނަށް ވުރެ ވެސް ކުރީގައި ހެންނެވެ. ތައުރީފު ކުރި ކުރީނުން އަމިއްލައަށް މުރުތައްދު ނުވެ ދަނީ ކިރިޔަ ކިރިޔާއެވެ. އޭރަކު މަލީހަކަށް އިބޫ ވަރެއް ނެތެވެ.

މަލީހަށް ވަޒީރުކަން އޮތްހާ ދުވަހު އިބޫ ސަރުކާރު ހަލީފާ ހާރޫނު ރަޝީދުގެ ހުލާފަތަށް ވުރެ މާ ފުރިހަމަވެފައި އޭނާއަށް މޮޅެވެ. ޖާހިލުކަމުން ވާޖިބު އަދާ ނުކުރެވިގެން ސަރުކާރުން ބޭރު ކޮށްލުމުން ރައީސް ސޯލިހު މަގާމަށް ކުފޫ ހަމަވާ ކަމަކަށް ނުވިއެވެ. ފެހި ޖަހާފައި އޮތް ހިލަގަޑަކަށް އޮތް ވަރުގެ ހުރުމަތެއް ވެސް ރައީސަށް އޮތްކަމަކަށް ނުވިއެވެ.

ރައީސް ސާލިހަށް ތާއިދު ކުރާހާ ބަޔަކީ މަލީހަށް މިއަދު މޮޔައިންނަށް ވެއްޖެއެވެ. މަލީހަށް އެއްކަލަ އަނިޔާވެރި ވަގު ޔާމީނު އަބޫބަކުރުގެފާނަށް ވެއްޖެއެވެ. ބޮލު ރޮދި ކެނޑިފައި ތިބި މީހުން އުޅެއެވެ. އެކަމަކު މަލީހު ވަރުގެ ބޮލު ރޮދި ކެނޑިފައި ހުރި މުނާފިގެއް މަށަކު ނުދެކެމެވެ. އަދިވެސް މަލީހަށް ޔާމީނު ގުއިވެގެން ތަފާލުގައި ދަނޑިން ތަޅާތަން ލަހައްޓަވާ ތިބި ބަޔަކު ދެކޭނެއެވެ. 

]]>
Tue, 08 Nov 2022 19:44:38 +0500 ހީރަސް
ޔާމީނު ވެސް އުޅެނީ އައްޑޫ ފަނާކޮށްލަން https://heerasnews.com/667 https://heerasnews.com/667 އައްޑޫ ޕޮލިސް އެކަޑަމީ ނަގާ އެތާނގައި ރޭސިންގ ޓްރެކެއް އަޅާދޭނެ ކަމަށް ބުނެ އައްޑޫ ރައްޔިތުންނަށް ޔާމީނު ބޮޑުވެގެންވާ ފުރައްސާރައެއް ކޮށްފިއެވެ. ރިޔާސީ ކެންޕޭނުގައި ރަށްރަށުގައި ދައްކަމުން ދަނީ އެ މީހުނަށް ކަމެއް ކޮށްދޭން ވާ ވައުދެއް ނޫންކަން މި ކަމުން ކިތަންމެ ރަނގަޅަކަށް ވެސް އެގެއެވެ. 

ހެޔޮ ނިޔަތުގައި ރޭސިންގ ޓްރެކެއް އައްޑޫ ޒުވާނުންނަށް އަޅައިދޭން އުޅޭ މީހަކު އެ ވާހަކަ ދައްކާނީ އެހެނެއް ނޫނެވެ. އައްޑޫގައި ބިނާ ކޮށްފައި ހުރި އަގުބޮޑު ބިނާއެއް ބިމާ ހަމަކޮށްލާނެ ވާހަކައެއް އިހުލާސްތެރިކަމެއް ހުރި ނަމަ ނުބުނީހެވެ.

ކުރީ ފަހަރު އެރި ގޮތަށް އަރާ ދިމާކުރީ ކޮންވެންޝަން ސެންޓަރ ބިމާ ހަމަ ކުރާށެވެ. ނަސީބަކުން ހޮސްޕިޓަލެއްގެ ގޮތުގައި ނަމަވެސް އެ ބިނާ ބިމާ ހަމަނުވެ ސަލާތް ކުރެއްވުމަށް އިރާދަ ކުރެއްވިއެވެ. މި ފަހަރު ދިމާ ކޮށްލަން ރާވައިގެން އެ ހުރީ ޕޮލިސް ޓްރޭނިންގ އެކަޑަމީ ވުޖޫދުން ފުހެލުމަށެވެ. އެ ގޯސް ހައްދަން އޭނާ ވިސްނައިގެން މި ފަހަރު އެ ހުރީ އައްޑޫ މީހުން ލައްވައެވެ. ހަމަ ހިލާ އެ މީހުން އެކަމެއް ނުކުރާނެއެވެ.

ޕޮލިސް އެކަޑަމީ ބިމާ ހަމަ ނުކޮށް ރޭސިންގ ޓްރެކެއް އައްޑޫގައި އަޅާ ނުދެވޭ ވަރުގެ މީހަކު ނިކުމެ އައްޑޫ މީހުން ބެބޫ ހައްދަން ނޫޅޭށެވެ. ނަފްރަތު އުފައްދާ ބިނާތައް ހަމަ ބިމާ ހަމަ ކުރަން ހީލަތްތެރި ފަލީތާ ލައިގެން ހުޅު ރޯކުރަން ނޫޅޭށެވެ. ރަށްފުށު މީހަކު ރާއްޖޭގެ ވެރިކަމުގައި ހުރެ ރަށްފުށު މީހުން ދުވަހަކު ހީނުކުރާ ވަރަށް އަސާސީ ހިދުމަތްތައް ގާއިމުކޮށް ދޭތީ ކޮށި އަރައިގެން ތެޅި ބާލާ މީހުން އެބަ ފެނޭ ނޫން ހެއްޔެވެ.

އިންޑިއާއޭ އާދަމުގެފާނޭ ފަޅޮލޭ ކިޔައިގެން އައްޑޫގައި ހުރިއްޔާ ހުރި ބިނާއެއް ބިމާ ހަމަކުރަން ނޫޅޭށެވެ. އިގިރޭސީން އައްޑޫގައި ހެދިހާ ބިނާތައް ވެސް ހީލަތްތެރި ކަމާއެކު ފަނާކޮށް ނިންމާލީ މި ބައިގަޑެވެ. އައްޑޫގައި ރަނގަޅު ފެންވަރެއްގެ އިމާރާތެއް ހުއްޓަސް ސީދީންގެ ދަރިންނަކަށް ލޮލު ފިޔައެއް ނުޖެހޭނެއެވެ. އައްޑޫއާއި އަތޮޅު ތަކުގެ މީހުން ހަމަ ޖެހިލައިގެން އުޅޭތަން ދެކޭކަށް އެ މީހުންނަކަށް ކުޅަދާނައެއް ނުވާނެއެވެ. ޔާމީނު އެ އުޅެނީ އައްޑޫ އިހުނަށް ވުރެ ވެސް ބިކަ ކޮށްލާށެވެ. ހަގީގަތުގައި ޔާމީނު ވެސް އުޅެނީ އައްޑޫ ފަނާކޮށްލާށެވެ.

]]>
Tue, 08 Nov 2022 01:26:54 +0500 ހީރަސް
ވެރިކަން ނެތި ޔާމީނު މިލިއަނުން ފައިސާ ހޯދުން! https://heerasnews.com/663 https://heerasnews.com/663 ވިޔަފާރި ވެރިން އަތުން މިލިއަނުން ފައިސާ ލިބޭ ވާހަކައާއި އެ ފައިސާދޭ މީހުން ބުނަން ނުޖެހޭނެކަމަށް ދާދި ފަހުން ނޫސްވެރިން ކުރިމަތީ ޔާމީނު ހާމަ ކުރީ ޖެހިލުމެއް ނެތި މޫނަށް ރުލެއްވެސް އަރުވާ ނުލައެވެ. 

ވެރިކަން ނެތި، ހުކުމެއްގެ ކުރިމަތީ ޖަލުގޮޅީގެ އަނގަމަތީ ހުރެ މިހާރު ޔާމީން ފައިސާ އެއް ކުރަމުން އެދަނީ އަދި މާމޮޅު ޗަރުކޭހެއް ދައްކައިގެން ނެވެ. 

ރޭވެ އަލި ވިލުނު އިރު ކައުންސިލް މެމްބަރުން ސެނެޓަރުންނަށް ބަދަލުކޮށް ޔާމީނަކީ ރިޔާސީ ކެންޑިޑޭޓަށް އަމިއްލައަށް ވެގަތީ އެކަމުން ނެގޭނެ ގިނަ ފައިސާ އޭނާއަށް ފެންނާތީ އެވެ. 

ތިމަންނަ އަކަށް ހުކުމެއް ނުކުރެވޭނެއޭ، ދެން ބާކީ އޮތީއެއް އަހަރޭ ސަރުކާރާ ދުރަށް ޖެހި ތިމަންނައާ ގާތްވާށޭ، ވެރިކަމަށް އަންނަ ގޮތަށް އެވެނި މިވެނި ކަންކަން ކޮށް ދޭނަމޭ ޔާމީނު ބުނީމާ ގަބޫލު ނުކުރާނީ ކިތައް ވިޔަފާރި ވެރިން ހެއްޔެވެ؟ 

ވިޔަފާރި ވެރިން ކުރާނީ ވިޔަފާރިއެވެ. ޔާމީނު އެބުނާ ގޮތަށް ކެމްޕޭނަށް މިލިއަނުން ފައިސާ ދިނުމަށް ފަހު ވެރިކަމަށް އައިސް އޭގެ ބަދަލުގައި ބޮޑު ބިމެއް، ފަޅެއް، ރަށެއް ލިބުނީމާ އެމީހުންނަށް އެއީ 1000 ޕަސެންޓް ފައިދާވާ ވިޔަފާރިއެކެވެ. ރައްޔިތުންނަށްދޭ ހިދުމަތާ ކަރަންޓާ ފެނާ ނަރުދަމާއާއި މަގާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލަކީ ތިމާގެ ޖީބަށް އެއްޗެއް ނުލެވެންޏާ އެއްވެސް އެއްޗެއް ނޫނެވެ. އެކަން ބަރާބަރަށް ޔާމީނަށް އެނގެއެވެ. 

ރޮއެ ހޭރިގެން ގެއަށް ބަދަލުވެ އެއްބަސް ވެފައިވާ ގޮތާއި  ހިލާފަށް ކުޑަދޮރުން ދިދަ ހޫރުވައިގެން ފެށި ގޮތް ގިނަ މީހުން ހަނދާން ހުންނާނެއެވެ. ކިރިޔާ އިސްކޮޅު ޖެހި އަތަށް ފޯނުލިބި މީހުންނަށް ގުޅެން ފެށިތާ ގިނަ ދުވަހެއް ނުވެ، ހިސާބު ދެ އަކުރެއް ލިޔެފަ އޮތް ގޮތުގެ އޮޅުމަކުން ސުޕްރީމް ކޯޓުން މީހާ އެ ހުރީ ހުދު ފޮތި ކޮޅަކަށް ހަދާފައެވެ. 

މިހާރު ރިޔާސީ ކެންޑިޑޭޓަކަށް ވެގެން ވިޔަފާރި ވެރިން އަތުން ކެމްޕޭނަށޭ ބުނެ ފައިސާ ޖަމާ ކުރަމުން އެހެރަ ދައްކާ ޗަރުކޭހުގެ މޮޅުކަން ދެކިބަލާށެވެ. 

އެއްގޮތަކުން ވިއްޔާ އެންމެ ރަނގަޅު ގޮތަކީ މުޅި ނިޒާމް ކިހިއްޔަށް ޖަހާ ވަތަކުތޯ ޝޮޓަކުން ޔާމީނު ވެރިކަމަށް އައުމެވެ. އޭރުން ބާކީ ތިބި އެންމެންނާ، ކޯލިޝަން ލީޑަރުން ކުޑަގޮޅީގައި ވެރިކަން ކުރަން ތިބެދާނެއެވެ.

]]>
Mon, 07 Nov 2022 12:58:11 +0500 ހީރަސް
ޔާމީނަށް މަރުހަބާ ނުކިޔާ ކޮންމެ މީހަކަށް ކުޑަގޮޅި https://heerasnews.com/660 https://heerasnews.com/660

ވަޒީފާ އަދާ ކުރާ މުއައްޒަފުން އެމީހުންގެ މަސައްކަތް ހުއްޓާލާފައި ޔާމީނަށް މަރުހަބާ ކިޔަން ދާންޖެހޭ ހެއްޔެވެ. އަމްދުން ސަރުކާރުގެ މުއައްޒަފުން ނިކުމެ މަރުހަބާ ކިޔަން ޖެހޭނީ ޔާމީނަކީ ރައީސުލްޖުމްހޫރިއްޔާ ނަމަތާއެވެ. ސިޔާސީ ޕާޓީއެއްގެ ވެރިއަކު ރަށަށް އަރާ އިރަށް އެ މީހަކަށް މަރުހަބާ ކިޔަން ދާންޖެހޭ ނަމަ މުއައްޒަފުން ވަޒީފާ އަދާ ކުރާނީ ކޮން ގަޑިއަކު ހެއްޔެވެ.

ޔާމީނު އައްޑުއަށް ދިޔަސް އެހެން ތާކަށް ދިޔަސް ޔަމީނަށްޓަކައި ދަތުރު ފަތުރުގެ ނިޒާމުގައި ދުއްވާހާ ބަހަކާ ލޯންޗަކާއި ޔާމީނަށް މަރުހަބާ ކިޔަން މީހުން އުފުލައިދޭން ހުސްވާން ޖެހެނީ ކޮން ހަމައަކުން ހެއްޔެވެ. ޝެޑިއުލް ދަތުރުތައް ހުއްޓާލާ އެ ދަތުރަށްޓަކައި ސަރުކާރުގެ ހުރިހާ އުޅަނދެއް ހާއްސަ ކުރަން ޖެހުނަސް ޖެހޭނީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅެއް ނަމަތާއެވެ. ޔާމީނަކީ މިހާރަކު ރާއްޖޭގެ ރައީސެއް ނޫނެވެ.

ޔާމީނަށް މަރުހަބާ ކިޔަން މީހުން އުފުލަން އުޅަނދު ފަހަރު ހޯދައިގެން މީހުން އުފުލުމަކަށް ހުރަހެއް ނެތެވެ. ވާދަވެރި ސިޔާސީ މަސައްކަތް ކުރުމަށް އެ ވަގުތަކަށް ވެދެއްވެން އޮތް އެހީއެއް މި ސަރުކާރުން ވެދޭނެއެވެ. އެއަށްވުރެ މި ސަރުކާރުގެ ވެރިންގެ ހަން ސިޔާސީ ގޮތުން ބޯވާނެއެވެ. މަރުހަބާ ކިޔަން ދާމީހުން މަދުވެދާނެ ކަމަށް ހީކޮށް މީހުނަށް ނުދެވުނީ ސަރުކާރުން ހުރަސް އަޅައިގެންނޭ ކިޔަން މޮޅެތި ސްޓަންޓް ނުޖަހާށެވެ. ތިޔައިއްޔަކީ ބަޔަކު އަލަކަށް ކުޅޭ ކުޅިއެއް ނޫނެވެ.

ޔާމީނު ރަށް ރަށަށް މިހާރު ކުރަމުން ދާ ދަތުރު ތަކުގައި ބަލާ ލިސްޓު ކުރަމުން ދަނީ ޔާމީނަށް މަރުހަބާ ކިޔަން ނުނިކުންނަ މީހުންނެވެ. ހާއްސަކޮށް ޕީޕީއެމްގެ އެންމެ މީހަކު ވެސް ޔާމީނަށް މަރުހަބާ ކިޔަން ނުނިކުމެ ހުރެއްޖެއްޔާ އެދެން ކަމާ ޖެހުނީއެވެ. ޔާމީނު އަތުގައި އޮންނަ ގައްދާރުންގެ ލިސްޓަށް އެ މީހަކު އެރީއެވެ. އެ ލިސްޓަށް އަރައިފި މީހެއްގެ ވަންހަ ދިލަކޮޅުގެ ޒަމާން އެ ހިސާބުން އެ ދިޔައީއެވެ. ޕާޓީގެ ތެރެއިން ލިބޭ އެއްވެސް ފުރުސަތެއް އެ މީހެއްގެ މުޅި ވަންހަޔަށް ހަރަންވީއެވެ. ވެރިކަމަށް އައުމަށް ފަހު ފްރޭމްކޮށްގެން ވިޔަސް އެ މީހެއްގެ މުޅި ޒިންދަގީ ދުއްވާލަން ޖައްސާނީ ކުޑަ ގޮޅީގައެވެ. ދަރިއެއް އަމައެއް ބަފައެއް ނުބަލާނެއެވެ. އާނއެކެވެ. ޔާމީނަށް މަރުހަބާ ކިޔަން ނުނިކުންނަ ކޮންމެ މީހަކު ނިމިދާނީ ކުޑަ ގޮޅީގައެވެ.  

]]>
Sun, 06 Nov 2022 14:53:56 +0500 ހީރަސް
އިންތިހާބަށް ހުރަސްއެޅި ކަމަށް ޔާމީނު އެއްބަސް ވެއްޖެ https://heerasnews.com/659 https://heerasnews.com/659 ވާހަކައެއް ދައްކާއިރު މި ދެއްކެނީ ކޮން ވާހަކައެއް ކަންވެސް ޔާމީނަކަށް ނޭގެއެވެ. ތިމާގެ އަނިޔާވެރިކަމާއި ތިމާގެ ގޮތެއް ނެތްކަން އިއްޔެވެސް އަމިއްލައަށް ޔާމީނު ރައްޔިތުންނަށް ހާމަ ކޮށްދީފިއެވެ. ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ހަރަކާތަށް ހުރަސް އަޅާ އިދިކޮޅުގެ ހަރާކާތް ނައްތާލުމަށް ބާރުގެ ބޭނުން ކުރިކަން ކަށަވަރު ކޮށްދީފިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ވާދަވެރި އިދިކޮޅު ހަރަކާތް ހިންގުމަށް ފުރުސަތު ތައްމިނަށް ހުޅުވިފައި އޮތްކަން ވެސް ޔާމީނު ކަށަވަރު ކޮށްދީފިއެވެ. ޔާމީނު ވެރިކަމެއްގައި ވާދަވެރި ޕާޓީއަކަށް އެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއް ވެސް ބާއްވަން ޖެހޭނީ މަރަށް ފުރާނައަށް ކަމަށް ޔާމީނު ބުނެފިއެވެ. ވާދަވެރި ޕާޓީތަކުން އިންތިހާބު ތަކުގައި ވޯޓު ދިނުމުގެ ފުރުސަތު ބަންދުކޮށް ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑު ކޮށްލި ކަމަށް އަމިއްލައަށް އޭނާ އިއުތިރާފް ވެއްޖެއެވެ.

ޕީޕީއެމްގެ ދާއިރާތަކަށް ރައީސުން އިންތިހާބު ކުރުމަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބެއް ރާއްޖޭގެ ކަންކޮޅުގައި އިއްޔެ ބާއްވައިފިއެވެ. ސަރުކާރުން އެ އިންތިހާބު ބޭއްވިޔަ ނުދޭން އެއްވެސް ކަމެއް ނުކުރެއެވެ. ހެންވޭރު ދަނޑުގައި ޓެންޓް ޖަހައިގެންނާއި ރާއްޖޭގެ ކަންކޮޅު ތަކުގައި ދައުލަތުގެ ބައެއް މުއައްސަސާވެސް މި އިންތިހާބުގައި ޕީޕީއެމުން ބޭނުންކުރިއެވެ. ސަރުކާރުން ކުޑަވެސް ހުރަހެއް އެޅި ނަމަވެސް އެހާ އޮމާން ކަމާއެކު އެކަމެއް ނުވީސް ނޫން ހެއްޔެވެ. ޕީޕީއެމްގެ އެތެރޭގެ އިންތިހާބެއް އަމާން ކަމާއެކު ބޭއްވުނީ އެ ކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނޭޅީމައެވެ. ފުލުހުން ފޮނުވައިގެން ވޯޓު ފޮށިތައް އަތު ނުލީމައެވެ. ވޯޓު ދޭން ދިޔަ އާންމު މެންބަރުން ތަޅާ ރޯނާ ނުގެންނެވީމައެވެ. ޔާމީނު ވެރިކަމުގައި ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ކުޑަވެސް ޖާގައެއް ނުދީ އަނިޔާވެރިކަން އިސް ކުރިކަން ޔާމީނުގެ ވާހަކައިން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުވެއްޖެއެވެ.

މި ސަރުކާރުން ވާދަވެރި ސިޔާސީ ހަރަކާތް ސުލްހަވެރި ކަމާއެކު ހިންގުމަށް ފުރުސަތު ނުދޭ ނަމަ އުވަގަށާ މެޝިނަށް ވެސް ވޯޓު ނޭޅުނީހެވެ. ލަދެއް ހަޔާތެއް ހުރި ނަމަ އަނގަ ފުރާފައި ޓައްޕުތަކަށް އަޅައިގެންތޯ ނޫނީ އުވަގަށާ މެޝިނުގައިތޯ ވޯޓުކަރުދާސް މިހުރީ ކިޔާކަށް ޔާމީނަކަށް ނުކެރުނީހެވެ. އެ ކަމުން އެނގިގެން ދަނީ ޔާމީނުގެ ހުރި ޖައްބާރުކަމާއި ބާރެއް ލިބިއްޖެ ނަމަ ތަފާތު ފިކުރަށް ޖާގަ ނުދޭނެ މިންވަރެވެ. އިދިކޮޅު އެމްޑީޕީއަށް ޔާމީނު ވެރިކަމުގައި ޓައްޕުތަކާ އުވަގަށާ މެޝިނަށް ވޯޓު އަޅައިގެން އިންތިހާބު ބާއްވަން ޖެހުނީ ޔާމީނުގެ ޖައްބާރު ކަމާއި އަނިޔާވެރި ކަމުންނެވެ. ފުލުހުން ފޮނުވައިގެން އެ ދުވަހު ރައްޔިތުންނަށް އަނިޔާކޮށް ޑިމޮކްރަސީ އޮޅާލީ ތިޔަ ޔާމީނު ނޫން ހެއްޔެވެ.

އުފާވާ ކަމަކީ މިއަދު އެ ފަދަ އަނިޔާވެރި މާހައުލެއް ރާއްޖޭގައި ނެތްކަން ޔާމީނު ކަށަވަރު ކޮށްދޭތީއެވެ. ވާދަ ވެރި ސިޔާސީ ހަރަކާތަށް ކުޑަވެސް ހުރަހެއް މި ސަރުކާރުން ނާޅާކަން ޔާމީނު ޔަގީން ކޮށްދޭތީއެވެ.

]]>
Sun, 06 Nov 2022 13:21:58 +0500 ހީރަސް
ދިޔަރެސް ޔާމީނަށް ވިކިފަ! ހީރަސް ސަރުކާރަށް ގަނެފަ! އަންނި ގޮތް ހުސްވެފަ! https://heerasnews.com/656 https://heerasnews.com/656 އޯޝަންވީކްލީ އަކީ ރައީސް ނަޝީދުގެ މަސްލަހަތު އޮންނަ ހަފްތާ މަޖައްލާއެކޭ ބުނާ އަޑު އަހަމެވެ. އޭގެ އެންމެ ފަހުގެ ކަވަރ ސްޓޯރީގައި ބުނަނީ ނޫސްތައް އޮތީ ސަރުކާރުން އަގުދީ ގަނެފައި ކަމަށެވެ. 

ދެން ސަރުކާރާ ދެކޮޅަށް މިއޮއް ލިޔާހާ ލިއުމާއި ، ހަދާހާ ދޮގާއި ބެހޭހާ އަބުރާ ފިތުނަ ފަސާދަ އަކީ ކޮންބަޔަކު އަގުދީ ގަނެގެން ލިޔާހާ ލިއުންތަކާ ހަދާހާ  ދޮގު ވާހަކަ ތަކެއް ހެއްޔެވެ؟ 

މައިދަރިން ލޯދިއްކޮށްލަން ނުކެރޭ ވަރުގެ ވާހަކަތައް ސަރުކާރާ ދެކޮޅަށް އެބަ ދައްކައެވެ. ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާ އަށް ނިސްބަތް ވަންޏާ އަބުރެއް ގަދަރެއް، އަހުލާގެއް ތަމީސެއް ދޮގެއް ތެދެއްނެތި ހިތުހުރި އެއްޗެއް ގޮވާ ލިޔެ ނެގުމަކީ ޑިމޮކްރަސީއާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިސްލާމް ދީނާ ވަތަނާ ގައުމާ ލައިގެންތިބި އަންނައުނުގެ ވަތުބަތާނު ކައްގަނޑަށް އެބަވެއެވެ. 

ބަލަ ނޫސްވެރިކަން ކުރަންޖެހެނީ ވަކި ބައެއް ހެއްޔެވެ. ނޫސްވެރިކަމަކީ ވަކި ދެތިން މީހެއްގެ މައިފުށު ތަރިކައެއް ނޫނެވެ. ބަޔަކަށް ނޫހެއް ކަމުދަނީ ބަލަނީ ނެރޭތާ ދުވަސް ވެގެނެއް ވެސް ނޫނެވެ. ނޫހެއްގެ ކޮންޓެންޓް ކަމުދާ ބަޔަކު އެނޫހަކީ އުމުރުން ކިހާ ދުވަހެއްވީ ނޫހެއްތޯ ނުބަލާނެއެވެ. 

ބަޔަކު ނުބަލާ ލޯނުދެކޭ ނޫސްތަކަށް ސަރުކާރުން ފައިސާ ދީގެން ގަނެގެން އުޅޭ ކަމުގެ ތުހުމަތުކޮށް އޯޝަންވީކްލީ ކިޔާ މަޖައްލާއަކާ ހަވާލަދީ ފައިނު ވައްޑޭ ނޫސްތައް ކުށްވެރި ކުރާއިރު އެހެން ނޫސްތައް މިންކޮށް ވަޒަންކޮށް ރިޕޯޓް ނެރެން "އޯޝަން ވީކުލީ" އަކީ ކިހާ ދުވަހެއްވީ ކޮންބަޔަކު ބަލާ މަޖައްލާއެއް ހެއްޔެވެ. ފައިނު ވައްޑޭއާއި ފައިނު އާދަން ޝަރީފާ ފޯއްމުލަކު ޖަމީލު ނޫސްތައް މެދުވެރިކޮށް ކުރަން މިއުޅެނީ ކީއްހެއްޔެވެ. 

ރަންކޮޅާއެވެ. ގާނޫނީ ގޮތުން ރަޖިސްޓްރީ ކޮށްގެން ނޫހެއް ހިންގާނީ ހިންގޭ ވަރުގެ ބައެކެވެ. އެ ނޫހެއްގެ އެޑިޓޯރިއަލް ޕޮލިސީ އަކީ އެ ބައެއްގެ އަމިއްލަ އެއްޗެކެވެ. އެކި ނޫހުގެ ކޮންޓެންޓް ހުންނާނީ އެކި ގޮތަށެވެ. ސިޔާސީ ގޮތުން އޭރަކު އޮންނަ ސަރުކާރަކަށް ތާއީދުކޮށް އެ ސަރުކާރެއްގެ ސިޔާސަތުތައް ޕްރަމޯޓްކޮށް އިދިކޮޅު ފަރާތް ތަކަށް ފާޑު ކިޔާ ނޫސްތައް ހުންނާނެއެވެ. ސަރުކާރަށް ފާޑުކިޔާ ސަރުކާރުގެ މަގްބޫލުކަން ކުޑަ ކުރަން މަސައްކަތްކޮށް އިދިކޮޅު ލީޑަރުން ޕްރަމޯޓްކުރާ ނޫސްތައް ވެސް ހުންނާނެއެވެ. ކޮންމެ ނޫހެއްގައި ހުރިހާ އެއްޗެއް ނުހުންނާނެއެވެ. އެ ނޫހަކުން ފަތުރާނީ އެ ނޫހަކުން ފަތުރަން ބޭނުންވާ ކޮންޓެންޓެކެވެ. އެކަން މިރާއްޖޭގައި މި ކުރެވޭ ވަރަށްވުރެ ފުޅާކޮށް ކުރާ އެހެން ތަނެއް އޮވެދާނެއެކޭ ހީއެއް ނުވެއެވެ.

ދީން ފަތުރާ މީހުން ކުރާނީ އެކަމެވެ. މުނިފޫހި ފިލުވުމާއި ފިލްމީ މައުލޫމާތު ފަތުރާ ނޫސްތަކުން ކުރާނީ އެ މަސައްކަތެވެ. ކުޅިވަރަށް ހާއްސަ ނޫސްތަކުން ދައްކާނީ ކުޅިވަރުގެ ވާހަކައެވެ. ކަރަންޓް އެފެއަރޒް ގެނެސްދޭ މީހުން ކުރަނީ އެކަމެވެ. ސިޔާސީ ގޮތުން މައުލޫމާތު ފަތުރާ ވަކި ފިކުރެއް ކުރިއެރުވުމަށް މަސައްކަތްކުރާ މީހުން ކުރަނީ އެ މަސައްކަތެވެ. އެތައް ކަމެއް ޝާމިލުވާ ގޮތަށް ނޫސްވެރިކަން ކުރުމަކީވެސް އެކަން ކުރާ ގޮތެކެވެ. ގާނޫނީ އިމުން ބޭރު ނުވެ ކޮންމެ ބަޔަކަށް ވެސް ކޮންމެ ފިކުރެއްގައި ވެސް ނޫސްވެރިކަން ކުރެވޭނެއެވެ. އެއީ ބަޔަކާ ބެހޭ ކަމެއް ނޫނެވެ. މިނިވަން ނޫސްވެރި ކަމަކީ އެއީއެވެ. 

މިހެން ބުނާ މީހާ އާއި ނޫސް އެއޮތީ ގަނެފަ!

ސަރުކާރުން ކުރާ ރަނގަޅު ކަމެއްގެ ވާހަކަ ހަމަ ބުނާ އިރަށް އެހެން ބުނި މީހާ އާއި އެ ވާހަކަ ލިއުނު ނޫހާ ރޭޑިއޯއާއި ޓީވީ އެ އޮތީ ސަރުކާރަށް ވިކި ހުސްވެފައި ކަމަށް ފަލަ ސުރުހީގައި ލިޔެ އެބަ ޗާޕް ކުރެއެވެ. އަޖައިބެއް ކަހަލަ ބަލާވެރި ކަމެއް ތާއެވެ.؟! 

ނޫސް ތަކަށް ސްޕޮންސަރ ދިނުމާ އިސްތިހާރު ދިނުމަކީ ސަރުކާރު ކުންފުނިތަކުން އެކަނި ކުރާ ކަމެއް ނޫނެވެ. އެއީ ވަކި ބަޔަކަށް އެކަނި އޮތް ހައްގެއް ވެސް ނޫނެވެ. އެ ތަނެއްގެ މަރކެޓިންގއާއި ތަސައްވަރު ރަގަޅު ކުރުމަށް ދެފަރާތް އެއްބަސްވެވޭ ގޮތަކަށް އިސްތިހާރާއި ސްޕޮންސަރ ދިނުމަކީ އައުކަމެއް ނޫނެވެ. އެކަމުގައި ސަރުކާރެއް އަމިއްލަ ފަރާތެއް ތަފާތެއް ނެތެވެ. ސްޕޮންސަރ ހޯދުމާ އިސްތިހާރު ހޯދުމަކީ ވަކި ބަޔަކަށް އެކަނި އޮތް ހައްގެއް ވެސް ނޫނެވެ.

ގައުމަށް ފައިދާ ކުރަނިވި ދާއިރާތައް ކުރިއެރުވުމަށް އިޖުތިމާ ޒިންމާއެއްގެ ގޮތުގައި ބޮޑެތި ކުންފުނިތަކުން ގިނަ ކަންތައް ތަކެއް އަބަދުވެސް ކުރެއެވެ. މެޗްތަކާއި މުބަރާތްތަކާއި އިވެންޓްތައް ސްޕޮންސަރ ކުރެއެވެ. ދާއިރާއަކަށް އަލަށް ނިކުންނަ ފަރާތް ތަކުން ރަނގަޅު ތަސައްވުރަކާ އެކު ހުށައަޅާ ހުށަހެޅުން ތަކަށް އެހީތެރި ކަމެއް ފޯރުކޮށްލާ ދިނުމަކީ ވެސް އިޖުތިމާއީ ޒިންމާގެ ދަށުން ކުންފުނިތަކުން ކޮށްއުޅޭ ކަންކަމެވެ. އެއްޔަކީ ގަތުމެއް ވިކުމެއް ނޫނެވެ. އެހެން ނޫނަސް އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ ތަސައްވަރު ކިލަނބުކޮށް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރާކަށް ހަރަދެއް ނުކުރާނެއެވެ. އެގެން ޖެހޭކަމަކީ އަމިއްލަ ގައިގާ ރޯކުރަން އެއްވެސް މީހަކު ޕެޓްރޯލު ނުދޭނެކަމެވެ.  

ތެދެކެވެ. އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތޭ ގޮވާ ނަގަނީ  ބަޔަކު އެއްކޮށް އެތާ މެދަށް "ފާވެ" ހުރެގެން ނެވެ. މީޑިއާގެ މިނިވަން ކަމެއް ނެތްކަމަށް ބުނެ ތިބެ ވީދެނީ މީޑިއާ މެދުވެރިކޮށެވެ.

ތިމާމެން ކޮށްފިއްޔާ ހުރިހާ ކަމެއް ބަރާބަރެވެ. އަނެކާ ކުރަންވީމާ އެ އޮތީ ވިކިފައެވެ ނޫނީ ގަނެފައެވެ. 

ތިމާ އަށް ދުނިޔެ ފެންނާނީ އަމިއްލަ  އައިނުގައި ހުރި ކުލަ އަކުންނެވެ. ވަގުންނަށް އެހެން އެންމެން ފެންނާނީ ވަގުންގެ ގޮތުގައެވެ. ތިމާ ވިކި ހުސްވެފައި ހުރީމާ ހީވާނީ އެހެން މީހުން ވެސް އެތިބީ އަގުދީ ގަނެފައި ހެންނެވެ. 

ހަސަނު ފުޅަށް ބުޑުން ދަނީ ގޭގޭގެ ކެޔޮގަނޑު ކަނޑާށެވެ. ވީމާ އެހެން މީހަކު ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނީ އޭނާވެސް އެ ދަނީ ވަގަށް ކެޔޮގަނޑު ކަނޑަން ކަމަށެވެ. 

ތިޔަ ކިޔާ ގޮތުން ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭނުން ހިފުމުގައި ދިޔަރެސް އޮތީ ޔާމީނަށް ވިކިފައެވެ. ހީރަސް އޮތީ ސަރުކާރަށް ގަނެފައެވެ. އަންނި ހުރީ އެކަމާ ގޮތް ހުސްވެފައެވެ. ރުހޭ މީހުން މަދުވުމަކީ ނޫސްވެރިންގެ މައްސަލައެއް ނޫނެވެ. އުޅެވޭ ގޮތަކުން ވާކަމެކެވެ.

]]>
Sat, 05 Nov 2022 13:53:21 +0500 ހީރަސް
އަލީ ރަމީޒު ފަތުރަފައި އޮތީ ދިރިހުރި މުންކަރާތް https://heerasnews.com/651 https://heerasnews.com/651 އެހެން ދީނެއްގެ ކަންކަން ރާއްޖޭގައި ކުރިއަރުވަން ހިތްވަރުދޭ ކަމުގެ ތުހުމަތު ތަކުރާރުކޮށް އަލީ ރަމީޒު މިސަރުކާރަށް އެބަ ކުރެއެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން މިވަނީ އެންމެ ހަތަރު އަހަރެވެ. އޯލެވެލް ފެންވަރަށް ކުއްޖަކު ކިޔަވާ ނިމިގެން ނިކުންނަން ވެސް ދިހަ އަހަރު ނަގައެވެ. ދީނާ ދެކޮޅު ހަރަކާތެއް ނުވަތަ މުންކަރާތެއް މިހާރު ހިންގިއްޔާ ހިންގާނީ އޭގެ މާކުރިން ތަރުބިއްޔަތުވެ ބޮޑެތިވެފައި ތިބި ބައެކެވެ. އެ ބަޔަކު ކުރި ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެ ބަޔަކާއި އެ ބަޔަކު ތަރުބިއްޔަތު ކުރި ބައެވެ.

މި ސަރުކާރު އައިފަހުން ރާއްޖޭގައި ހިނގާ އެއްވެސް ލާދީނީ ކަމަކީ މި ސަރުކާރުން ބޭނުން ވެގެން މި ސަރުކާރުން ކުރުވާ ކަމެއް ނޫނެވެ. ދުނިޔެ މި އޮތީ ބަވަނަވެތި ވެފައެވެ. ދުނިޔޭގެ އެތަން މިތާ ހިނގާ ހުރިހާ ކަމެއް ވަގުތުން ވަގުތައް އެންމެނަށް އެނގި ފެނި ދެނި އެބަވެއެވެ. މިހާ ބޮޑަށް ހުޅުވިފައިވާ ދުނިޔެއެއްގައި އުޅޭ އިރު ދުނިޔެއަށް ޖެހޭ އޮޔާވައި މިރާއްޖެއަށް ވެސް ނުޖެހި އެއް ނުދާނެއެވެ. އެ އެއްޗަކުން ފެލޭނީ އެއްޗެއްގައި ހުރި ދިޔަ އެކެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. މި ސަރުކާރުން މިސްކިތްތައް ބިނާ ކޮށް އާބާތުރަ ނުފިލުވަނީ ހެއްޔެވެ. ހުކުރު ނަމަދާއި އީދު ނަމާދާ ކޭތަ ނަމާދު ނުކުރުވަނީ ހެއްޔެވެ. ފަސް ވަގުތު މިސްކިތް ތަކުން ބަންގި ގޮވާ ފަރުލު ފަސް ނަމާދު ގާއިމު ނުކުރުވަނީ ހެއްޔެވެ. ދީނީ ވައުޒާ ނަސޭހަތް ނުދެނީ ހެއްޔެވެ. ގުރުއާނާ އިސްލާމު ދީނުގެ އިލްމު ނުފަތުރަނީ ހެއްޔެވެ. އިސްލާމިކް ޔުނިވަރސިޓީ ނެތީ ހެއްޔެވެ. އިސްލާމް ދީން ކުރިއަރުވަން ކުރެވޭ މަސައްކަތެއް ހުއްޓުވީ ހެއްޔެވެ.

ސިޔާސީ ގޮތުން ނަފްރަތު އުފައްދަން ދީން ނަހަމަ ގޮތުގައި ހިފަން އެކަކު ވެސް ނޫޅޭށެވެ. އިހުލާސްތެރި ކަމެއް ހުރި ނަމަ އިސްލާހުގެ ވާހަކަ ދައްކާނީ ޓްވިޓަރ ގައެއް ނޫނެވެ. ދީނީ ގޮތުން ތަންދޮރު ދަންނަ މީހުން މުއާމަލާތު ކުރާނީ ބުއްދި އިސްކޮށް ގެނެވެ. ސިޔާސަތުތައް ކަނޑައަޅާ ތަންފީޒު ކުރަން އަބަދުވެސް ތިބެނީ ރައްޔިތުން އެ ހިނދަކަށް ކަނޑައަޅާފައި ތިބޭ ބައެކެވެ. އެ މީހުންގެ ތެރޭގައި ދީނީ ގޮތުން ކަންކަމާ މެދު ވިސްނާ ގޮތް ތަފާތު މީހަކު ވެސް ހުރެދާނެއެވެ. ކޮންމެ ހާލަތެއްގައި ވެސް ދީނީ އިލްމުވެރިންނާ ދީން ފަތުރާ މީހުންގެ ކަމަކަށް ވާންވާނީ ކުށްވެރި ކުރުމާ ޖަދަލު ކުރުމާ ބަދުނާމުކޮށް އިލްޒާމު އެޅުވުމެއް ނޫނެވެ. 

ކުރިއަށް ވުރެ ރާއްޖޭގައި ދީނަށް އުޅޭ މީހުން މިހާރު މާގިނައެވެ. ސުންނަތަށް ލޯބިކުރާ މީހުން މާ ގިނައެވެ. ނަމާދުކުރާ މީހުންވެސް މާ ގިނައެވެ. ސަރުކާރުން އެ ފުރުސަތު ނުދީ ދީން ކުރިއަރުވަން ހުރި ދޮރުތައް ބަންދު ކުރާނަމަ އެ ކަންކަން އެހެން ވީސް ހެއްޔެވެ. އެ ކަމަކު ބުނަން ހެއްޔެވެ. ދީނުމުގެ ނަމުގައި ފަސާދަ އުފައްދާ ޓެރެރިޒަމް ހިންގާކަށް ސަރުކާރުން ޖާގައެއް ނުދޭނެއެވެ. މީގެ ކުރިން މި ރާއްޖޭގައި އޮތް ސަރުކާރުތަކުގެ ތެރެއިން ނުފެންނަ ވަކި އާކަމެއް މިހާރަކު ވެސް ނުފެންނާނެއެވެ.

ބުނަން ހެއްޔެވެ. މިހާރު ވެސް މިފެންނަނީ ހަވާނަފްސަށް މީހުން ލެންބުމަށް އެނގިގެން ވިޔަސް ނޭނގި ވިޔަސް އަލީ ރަމީޒު ކުރި މަސައްކަތުގެ ނަތީޖާއެވެ. ރާގުރާގަށް އިންސާނުން މާބުރަށާއި ކޮކާލާއި ހަނދަށް ހަދައިގެން މީހުން ވާ ވެއްދީ އަލީ ރަމީޒެވެ. ޑިޕްރެޝަނާއި އެންޒައިޓީއަށް މީހުން ވައްޓާލާ ލޯބީގައި ކުފުރު މަރުތަކަށް ހިތްވަރު ދިނީ އަލީ ރަމީޒެވެ. ﷲގެ ކުޅަދުން ވަންތަ ކަމުގެ ސިފަތަށް ލޯބިވާ މީހާއަށް ދީގެން އެ ތައް ބަޔަކު ލޯތްބަށް އަޅުކަން ކުރަން ޖެއްސުވި މީހަކީ އަލީ ރަމީޒެވެ. ކީހާ ލަވަތަކުން ފަތުރާ ދިނީ ޝަހުވަތްތެރި ކަމުގެ މެސެޖެވެ. ދިރި ހުރި މުންކަރާތެވެ. އެއީވެސް މި ސަރުކާރުން ކުރި ކަމެއް ހެއްޔެވެ. ޑިސްކޯތަކާ އެނޫންވެސް ޝަހުވަތްތެރި ކަމަށް ހިތްވަރުދޭ ހަފުލާތަކުން އިވެނީ އަދިވެސް އަލީ ރަމީޒުގެ އަޑެވެ. ޒުވާން އެތައް ޖީލެއް އަލީ ރަމީޒު ފެތުރި ލަދީނީ މުންކަރާތުގައި އެތިބީ ޖެހި ހަލާކު ވެފައެވެ. އަދިވެސް އެ ދަނީ ހަލާކު ވަމުންނެވެ.

]]>
Thu, 03 Nov 2022 16:15:31 +0500 ހީރަސް
ހަށިވިއްކުމުގެ ވިޔަފާރި ޔާމީނު ކުރަނީތަ! https://heerasnews.com/649 https://heerasnews.com/649

އިމިގްރޭޝަނުން ޕާސްޕޯޓްގައި އެތެރެވުމުގެ ތައްގަޑު ޖެހިގެން ރާއްޖެ އެެތެރެވާ ކޮންމެ މީހަކު ވާނީ ސަރުކާރުން އެތެރެ ކުރި މީހަކަށް ތާއެވެ. އެ މީހަކު ރާއްޖެ އައިސް ރާއްޖޭގައި ކުރާ ކޮންމެ ކަމެއް ވާނީ ސަރުކާރުން ކުރުވާ ކަމަކަށްތާއެވެ. ގަވައިދުން ހުއްދަ ލިބިގެން ރާއްޖެ އެތެރެވާ ބޭރު މީހުން ލައްކަ ކަންކަން ރާއްޖޭގައި ކުރެއެވެ.

ރަނގަޅު ކަންކަމާއި ނުބައި ކަންކަމެވެ. ރާއްޖޭގައި ބޭރު މީހަކު ކުރާ ކޮންމެ ނުބައި ކަމެއް ވަނީ ސަރުކާރުން ކުރުވާ ކަން ކަމަށެވެ. އަމްދުން އެތައް ބިލިޔަން އުޅޭ އިންޑިޔާއިން ރާއްޖެ އައިސް އުޅޭ މީހެއްގެ ފަރާތުން ކިރިޔާ ވެސް ވިޔާނުދާ ކަމެއް ފެނިއްޖެތަ! އެދެން ކަމާ ޖެހުނީއެވެ.

އިންޑިއާ މީހަކު މިސްކިތެއްގެ ކުރި ކަނޑާލިޔަސް އެ ހިސާބުން އެ މިސްކިތް ފައްޅި އަކަށް ބަދަލު ކުރަން ސަރުކާރުން އުޅޭކަމަށް ހަދައެވެ. ގޭގައި ގެންގުޅޭ އިންޑިއާ މީހާ މެޑަމަށް ފެން ހިއްކާ ތުވާލި ގެންގޮސް ދިނަސް އެކަން އެ ކުރަނީ ވެސް ސަރުކާރުން ބުނެގެންނެވެ. ރާއްޖޭގައި އިންޑިއާ މީހަކު ފޮޑިއެއް ޖަހަނީ ވެސް ސަރުކާރުން ބުނާ ބާރު މިނަކަށެވެ.

އެކި ސިޔާސީ ފިކުރުގެ އެކި ދީނުގެ އެކި ނަސްލުގެ މީހުން އުޅޭ އިންޑިއާއިން ރާއްޖެއަށް އަންނަނީ މޯދީ ފޮނުވައިގެން އަންނަ އިންޑިއާ މީހުންނެވެ. ފަތްކޭލާ ބިހާ އަލުއްވާ ފިޔާ ބަރުކޮށްގެން ކަސްޓަމް ސަރަހައްދަ އައިސްއުޅޭ ބަނގަލާ އޮޑިފަރަކީ ވެސް ސަރުކާރުން ބުނެގެން ހިންދީ ދީން ފަތުރަށް އަންނަ ބަޔަކީތާއެވެ.

އިންޑިއާ އަށް ނިސްބަތްވާ ހަތަރު މީހަކު ރާއްޖެ އައިސް ސަރުކާރުގެ އެއްބާރުލުމާއެކު ނަސާރާދީނުގެ ފޮތް ތަކެއް ބަހައިގެން އުޅޭކަމަށް ވެގެން ބަޔަކު ނެގި ނެގިފައި އެބަ ޖެހެއެވެ. އަރަތްބަކު ވެސް، ތަމަޅައަކު ވެސް. ދިވެއްސަކު ވެސް އެޒާތުގެ ކަމެއް ނުކުރާނެއޭ ބުނާކަށް ނެތީމެވެ. މައްސަލައަކީ ކޮންމެ ވިޔާނުދާ ކަމެއް ސަރުކާރަށް ފޫޅުކަނޑައިގެން ސިޔާސީ ޗަރުކޭސް ކުޅުމެވެ. އަނެއްކާ މިދާކަށް ދުވަހު ބަންގާޅު ސޮރެއްގެ ހަވާދު ގުދަނަށް އެތައް ބައިވަރު ދިވެހިން ވެއްދީ ވެސް ސަރުކާރުން ކަމަށް އޮތީ ހަދާފައެވެ.

ކުށްހީއާއި އަސްލެއް ނެތް ބުނިބުނި ވާހަކަ ތަކުގެ މައްޗަށް ސަރުކާރު ބަދުނާމު ކުރަން ފޫގަޅާފައި ތިޔަ ތިބީ މާ ވަރަކަށެވެ. މީހަކު ކުރާކަމެއް ކުރަނީ ސަރުކާރުން ރުހިގެންނޭ އެމީހަކު ބުނުމުން އެއީ ތެދަކަށް ވާނެ ހެއްޔެވެ. ޔާމީނު ވެރިކަން ކުރި ދުވަސްވަރު ރާއްޖެއަށް ގިނަ އަދަދަކަށް ބެންކޮކާ ފިލިޕިންސުން އަންހެނުން ރާއްޖެ އައެވެ. އޭގެތެރޭން ގިނަބަކު އުޅުނީ މަސާޖުޕާލަރ ނަމުގައި ތަންތަން ހަދައިގެން ހަށިވިއްކާށެވެ. އޭރު އެ މީހުން ހަށިވިއްކީ ޔާމީނު ސަރުކާރުން އެ މީހުން ގާތު އެކަން ކުރާށޭ ބުނެގެން ހެއްޔެވެ.

(ފައިލް ފޮޓޯ: ސަން.އެމްވީ)

ހެންވޭރު ދޫވެހި ކައިރިން ތައިލެންޑް ދެއަންހެން ކުދިންނާ ދާދިފަހުން ދިމާވިއެވެ. އެ މީހުން އެތާ ކީއްތޯ ކުރަނީ އަހާލީމާ ބުނީ އަޖައިބު ކުރަނިވި ވާހަކައެކެވެ. އެ މީހުން އެ އައީ ހަށިވިއްކާ ދެ ތަނަކުން އެ ހަފްތާގައި ލިބުނު ފައިސާގެ ތެރެއިން ޔާމީނަށް ވީ ބައި ހަވާލުކޮށްފައި ކަމަށެވެ. އެ ދެ އަންހެނުން އެބުނީ ތެދެއް ކަމަށް ދެކިގެން އެ ވާހަކަ ނޫހެއްގެ ފަލަސުރުހީ އަކަށް ޖަހާ ލެވިދާނެއެވެ. އެކަމަކު އެއީ ހައްގު ތެދަށް ވުމަށް ވުރެ ގާތީ ނުވުމާއެވެ.

ޔާމީނު ވެރިކަމުގައި އެމްއެމްޕީއާރުސީ ދަވާލީ ޔާމީނު ކަމަށް އަދީބާއި ޒިޔަތާ އަދިވެސް އެތައް ބަޔަކު ބުނާއިރު އެއީ ތެދަކަށް ނުވެއެވެ. އެކަމަކު މި ސަރުކާރު ގެތެރޭގައި ހުރި މީހަކު އޭނާގެ އަމިއްލަ ހައިސިއްޔަތުން ކުރާ ކޮންމެ ގޯސްކަމެއް ވެސް ވަނީ ސަރުކާރުން ކުރާ ކަމަކަށެވެ. މި ވެރިކަމުގެ މުއްދަތުގެ ތެރޭގައި ބޭރު މީހަކު ރާއްޖޭގައި ވިޔާނުދާ ކަމެއް ކުރިޔަސް އެ ކަމަކީ ރައީސް ސާލިހު ކުރުވާ ކަމަކަށް ހަދައިގެން ސުރުހީ ހަދަނީ އިސްލާމް ދީނުގެ ކޮން ރުކުނަކަށް ވެގެން ހެއްޔެވެ. 

]]>
Wed, 02 Nov 2022 12:04:33 +0500 ހީރަސް
ވެރިކަމާހުރެ އިދިކޮޅުން ލާރދީގެން ޝިރްކު ކުރުވަން ފަސްނުޖެހުން: ބޮޑު ނުރައްކަލެއް. https://heerasnews.com/648 https://heerasnews.com/648 ޔާމީނު އައްޑުއަށް ދާތީ އިދިކޮޅުން ކޮންމެވެސް ފިތުނައެއް ހަދާނެ ކަމަށް ކުރިންވެސް އޮތީ ހީކުރެވިފައެވެ. 

ހިތަދޫގެ މަގެއްގައި ތާރު އަޅަން ތައްޔާރު ވީމާ ސަރުކާރު މީހެއްކަން ދައްކަން ޓައީއެއް އަޅައިގެން މީހަކު އައިސް އެތާ ހުންނަ ބިދޭސީ ސުޕަވައިޒަރާ ބައްދަލު ކުރުމަށް އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ އޭނާއަށް އެއީ ޕީޕީއެމްގެ އެޖެންޓެއް ކަމެއް ނޭނގޭނެއެވެ.

ޓައީ އަޅައިގެންއައި ޕިޕީއެމް އެޖެންޓް ސްޕަވައިޒަރ އަތަށް 300 ޑޮލަރު ދީފާ 5 ކާށި ގަނެގެން ކާށި ޖަހައިގެން ތާރު އަޅަން ފަށަން ބުނުމަކީ ބޮޑު ކަމެއް ވެސް ނޫނެވެ. 300 ޑޮލަރަށް 5 ކާށި ގަނެ ބާކީއަށް ސައިބޯލަން ބުނުމަކީ ކިހާ ބޮޑު ރަނގަޅެއް ހެއްޔެވެ؟ އެކަމެއް ނުކުރާނެ ކަމެއް ވެސް ނެތްތާއެވެ.

ތާރު އަޅަން ފަށާއިރު ރާވާ، ލާރި ދީފައި އޮތް ގޮތަށް ކާށިޖަހާތަން ވީޑިއޯ ކުރަން ތައްޔާރު ވެފައި ތިބި މިންވަރު ކުޑައެއް ނޫނެވެ. 

ދީން ވިއްކައިގެން، ޝަރީކު ކުރުވައިގެން ވެސް ހުކުރަށް ނުދާ މީހަކު ވެރިކަމަށް ގެންނަން ފޫގެޅުން އެއީ ނުބައި ނުލަފާ ކަމުގެ ނިހާޔަތެވެ.

]]>
Wed, 02 Nov 2022 06:31:20 +0500 ހީރަސް
މުއިއްޒަށް ގެއްލޭތީ އުޅެނީ ސިޔާދަތެއް ނޫން ޕީޕީއެމް ޓިކެޓް https://heerasnews.com/630 https://heerasnews.com/630

ގެއްލޭތީ މުއިއްޒު މި އުޅެނީ ކޮންބާރެއް ހެއްޔެވެ. ތިޔަ އުޅެނީ ރާއްޖޭގެ ސިޔާދަތީ ބާރެއް ގެއްލޭތީއެއް ނޫނެވެ. ގެއްލިގެން ތިޔަ އުޅެނީ އަތުގައި އޮތް ދައުލަތް ދަވާލުމުގެ ބާރެވެ. ހިތުހުރި މީހަކަށް ފުލެޓް ދިނުމުގެ ބާރެވެ. ޕީޕީއެމަށް އޮތް ވެރިކަމުގެ ބާރެވެ. ނޫނީ ވިއްޔާ ޕީޕީއެމުގެ ރިޔާސީ ޓިކެޓް ހެއްޔެވެ. ރިޔާސީ ޓިކެޓް ހޯދަން އުޅޭވަރުން ޕާޓީގެ ހަރަކާތް ތަކުން ފޭކޮށް ބާކީ ކޮށްލާފައި ވާތީ ޔާމީނުގެ އިންޑިއާ އައުޓު މުއިއްޒަށް ހެޔޮވަރު ކޯޓަކަށް ނުވަނީ ތާއެވެ. 

އާނއެކެވެ. މައްސަލައަކީ އިންޑިއާ ނޫނެވެ. މައްސަލައަކީ ސަރުކާރުގެ ސިޔާސަތު ބައްޓަންކުރާ ގޮތެއް ވެސް ނޫނެވެ. މައްސަލައަކީ ޕީޕީއެމަށް ވެރިކަން ނެތުމެވެ. ޗީފް މިންޓަރަކާ ޥަދަކުރަން އުޅޭކަމަށް ބުނާ ޔާމީނު މޭޔަރަކަށް ޖާގައެއް ނުދޭނެ ތާއެވެ. 

ރާއްޖޭގެ ސިޔާދަތުގެ ވާހަކަ މޭޔަރ މުއިއްޒުމެން ނުދައްކާށެވެ. ގައުމެއް ގޮތުގައި މުޅި ދުނިޔެއިން ރާއްޖެ ބަލައިގެން ޒަމާނެއް މިހާރު ނޫނީ ދުށިން ހެއްޔެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކާއި އެއްސަފުގައި ރާއްޖޭގެ ބަސްވިކުނު އިރެއް މިހާރު ނޫނީ ދުށިން ހެއްޔެވެ. ރާއްޖެއަކީ އޮތްތަނެއްކަން ކުރިން ނޭގޭ އެތައް ބަޔަކަށް ރާއްޖޭގެ ހައިބަތާ ގައުމެއް ވަންތަކަން މި ސަރުކާރުން ނޫނީ ދެއްކުނު ހެއްޔެވެ.

އދ ގެ ރިޔާސަތަށް ރާއްޖެ އަންނާނެ ކަމުގެ ހުވަފެނެއް ވެސް މީގެ ކުރިން ދުށިން ހެއްޔެވެ. ދުނިޔޭގެ ބޮޑެތި ނިންމުންތައް ނިންމުމުގައި ރާއްޖޭގެ ބަސް މިހާރަށް ވުރެ ރަނގަޅަށް ވިކުނު އިރެއް ދިޔަހެއްޔެވެ. ނުދެއެވެ.

މުއިއްޒު ހީކުރަނީ އެންމެންނަކީ މޮޔައިން ކަމަށް ހެއްޔެވެ. މައްސަލަޔަކީ އިންޑިއާއެއް ނޫނެވެ. އެކަމަކު ގޮވަނީ އިންޑިއާ އައުޓެވެ. އިންޑިއާއަށް ނޭވަޔަކު ދެކޮޅު އެކި ބޭނުން ތަކުގައި ދިވެހިން ދާން މުއިއްޒަށް އޯކޭއެވެ. އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުން އޯކޭއެވެ. އިންޑިއާ ނަރުހުންނާއި ބިހާއި އަލުއްވާއި ފިޔާ ވެސް އޯކޭއެވެ. ހިލަޔާއި ވެލިވެސް އޯކޭއެވެ. ހިލޭ ދިން ކޮވިޑް ވެކްސިން ވެސް މުއިއްޒަށް އޯކޭއެވެ. އެކަމަކުވެސް އިންޑިއާ އައުޓެވެ.   

އިންޑިއާ ފަސްޓް ޕޮލިސީއަކީ ކޮންތާކު ކާކު ގެން ގުޅޭ އެއްޗެއްހެއްޔެ. ތިޔަ ބަޔަކު ވެރިކަން ކުރިއިރު ގެންގުޅުނު ފަސްޓް ޗައިނާ ޕޮލިސީ ކަހަލަ ޕޮލިސީއެއް މި ސަރުކާރުގެ ނެތެވެ. ތިޔަ ދައްކާ "އިންޑިއާ މިލިޓަރީ އިން" ކުރިއްޔާ ކުރި ބަޔަކީ ވެސް ތިޔަ ބައިގަނޑެވެ. ސަރަހައްދު ރައްކާތެރި ކުރުމުގެ އެއްބަސްވުމެއް އިންޑިއާ އާއި އެކު ހެދީވެސް ޕީޕީއެމު ވެރިކަމުގައި ޔާމީނެވެ.

ޕޮލިސް އެކަޑަމީގެ އެއްބަސްވުން ހެދީވެސް ޔާމީނެވެ. ހެލިކޮޕްޓަރ އެއްބަސް ވުމަކީވެސް ޔާމީނުގެ ބާރުގައި ހުރެ ހެދި އެއްބަސް ވުމެކެވެ. އެ ހުރިހާ ހަރަކާތެއްގެ ފެށުމަކީ ޔާމީނު ވެރިކަމުގައި އެޅުނު ބިންގަލެވެ. ވެރިކަމުގައި ޔާމީނު ނޫން މީހަކު މިއަދު ހުރިތީ އެކަންކަން ނަހާލު ކަންކަމަށް ހަދައިގެން އުޅެނީއެވެ.

ކޮވިޑްގެ އާލަމީ ވަބާގައި ރާއްޖެ އިނދަ ޖެހުނަ ނުދީ އިގުތިސާދު ހަމަޔަކަށް އަޅުވާ ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ އެހީތެރިވެ ދިނީ އިންޑިއާއެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ދިނުމުގެ މަދަދުގާރަކީ ވެސް އިންޑިއާއެވެ. ރާއްޖެއަށް ދިމާވާ ކޮންމެ އުދަގޫ ދަނޑިވަޅެއްގައި އެހީތެރިވެ ކޮޅަށް ޖަހާދެނީ އިންޑިއާއެވެ. ޒަމާނުއްސުރެ އޮންނަ އަހުވަންތަ ގާތް ގުޅުމުގެ ސަބަބުންނެވެ. ރާއްޖެ އަޅުވެތި ކުރުމަކީ އިންޑިއާއިން ކުރަން އުޅޭކަމެއް ނޫނެވެ. ރަހުމަތްތެރިކަމާ ގާތްކަން ފިޔަވާ އެ ނޫން ބޭނުމެއް އިންޑިއާއިން ބޭނުމެއް ނުވާނެއެވެ. އިންޑިއާގައި ބިން ކުޑަވެ މީހުން މަދުވެގެން އިންޑިއާ ނޫޅެއެވެ.

އދ ގެ ޗާޓަރއާއި އެއްގޮތަށް އިންޑިއާ ކަނޑުގެ އަމާންކަން ކަށަވަރު ކުރުމަކީ އިންޑިއާ އާއި ރާއްޖެ އެއްވިސްނުމެއްގައި އެކުގައި މަސައްކަތްކުރާ އަނެއް ސަބަބެވެ. ސަރަހައްދުގެ ރަައްކާތެރިކަން ކަށަވަރު ކުރުމަށް އިންޑިއާއި ދިވެހި ރާއްޖެއާއި ދެމެދު ހިންގޭ ހުރިހާ ހަރަކާތެއް ހިނގަނީ އދގެ ޗާޓަރާއެއް ގޮތަށް ދުނިޔޭގެ ބެސްޓް ޕްރެކަޓިސް އަށެވެ. ވަގު ވިޔަފާރިއާއި ކަނޑުފޭރުމާއި ޓެރެރިޒަމާއި ޑްރަގާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތަކީ އެމެރިކާއާއި ޗައިނާއާއި ރަޝިޔާއިން ވެސް އެއްބާރުލުންދޭ ކަންކަމެކެވެ. ޗައިނާއާއި އިންޑިއާގެ ވިޔާފާރީގެ ވާދަވެރިކަމާ ރާއްޖެ ގުޅުވަނީ ރާއްޖޭގެ ސިޔާސީ ހަސަދަވެރިންނެވެ. 

ހަގީގަތަކީ މި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރުމަކީ މުއިއްޒު މެންނަށް ހަޖަމު ކުރެވޭނެ ކަމެއްނޫން ކަމެވެ. ސަރުކާރަށް ރަނަގަޅު ކަމެއްގައި އެހީތެރިކަމެއް ވެދޭ ކޮންމެ ބަޔަކާ ދެކޮޅަށް އިދިކޮޅޭމެން ދޮގާ ފިތުނަ އުފައްދާނެއެވެ. ހަޖަމެއް ނުވާނެއެވެ.

އިދިކޮޅޭމެން ބޭނުންވަނީ ސަރުކާރު ދެކެ ރައްޔިތުން ރުޅި އެރުވުމަށްޓަކައި ކިތަންމެ ރަނގަޅުކަމެއް ވެސް ގޯސްކަމެއް ގޮތުގައި ދައްކާށެވެ. ރައްޔިތުންނަށް ކަންކަން ދަތިކޮށް ފަސްކޮށް ލަސްކުރާށެވެ. އިންޑިއާ މައްސަލައަކަށްވަނީ އެހިސާބުންނެވެ. އެހެން ކަމެއް ވެގެނެއް ނޫނެވެ.

އަމީނީ މަގުހަދާކަށް ސްނާމީ ބިނާ ޕަރކް ހަދާކަށް އެހެން ކަމެއް ކުރާކަށް މުއިއްޒު ބޭނުމެއް ނުވާނެއެވެ. މުއިއްޒު ބޭނުންވާނީ ބޮޑު އަގުގައި ޕާކިންގ ސްލޮޓް ވިއްކައިގެން ލާރި ނަގާށެވެ. ހުޅުމާލޭ ބިމާ ފްލެޓްގެ ވިޔަފާރި ކުރަން ހުޅުމާލެ މުށުތެރެއަށް ނުލެވިގެން ތެޅޭވަރުން އެކަނިވެސް ކަންކަން މުއިޒުވާގޮތް އިހުސާސް ކޮށް ލެވޭނެއެވެ.

ވަޒީތުކަމުގައި ހުރެ އައޖީއެމްއެޗް ކައިރީގައި ދައުލަތުގެ ފައިސާއިން ބާލުހަނާއެއް ހަދައިގެން މުއިއްޒު އެކުރާ މުޑުދާރު ކަންތައް ނިކަން ދެކި ބަލާށެވެ. އައޖީއެމްއެޗަށް އަންނަ ބަލި މީހުންގެ ތެރެއިން ލާރި ކޮޅުކޮޅު ގެންގުޅޭ މީހުނަށް ބޮޑުއަގުގައި ކޮޓަރި ވިއްކައިގެން އެމީހުންގެ މަޖުބޫރީ ހާލަތުގެ ފައިދާ ނަގައިގެން ޖީބުތައް ފެލައިލާވަރު ދެކި ބަލާށެވެ. ލަދެއް ހަޔާތެއް ނެތެވެ.

އަނެއްކޮޅުން ރަށްރަށު މީހުނަށް އެއްވެސް ކަމެއް ރަނގަޅު ވުމަކީ މުއިއްޒުމެން ބޭނުންވާނެ ގޮތެއް ނޫނެވެ. ހައި ސްޕީޑް ފެރީން މުޅިރާއްޖެ ގުޅޭކަށް މުއިއްޒުމެން ބޭނުމެއް ނުވާނެއެވެ. ރަށްރަށުގައި އިންޖީނުގެތައް އަޅާ ދެވޭ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުވާކަށް ނޭދޭނެއެވެ.

ފެނާ ނަރުދަމާ ގާއިމު ވާކަށް ނޭދޭނެއެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާވެ ކުރިއަރާކަށް ނޭދޭނެއެވެ. ސިއްހީ ހިދުމަތް ރަނގަޅުވެ ރައްޔިތުން އުފަލުގައި އުޅޭތަން ދެކޭކަށް ބޭނުމެއް ނުވާނެއެވެ. ރައްޔިތުންނަށް ލުއިފަސޭހައެއް ލިބޭނެ ކަމެއް ކުރުމަށް މި ސަރުކާރަށް އެހީތެރި ކަމެއް އެއްވެސް ބަޔަކު ދިނުމަކީ އިދިކޮޅޭމެންނަށް ހަޖަމުވާނެ ކަމެއް ނޫނެވެ. އިނޑިއާއިން ސަރުކާރަށް އެހީތެރިކަން ނުދޭ ނަމަ އިންޑިއާ އައުޓު ވާހަކައެއް ނުދައްކާނެއެވެ. މިލިޓަރީ ބަޔަކު ތިއްބަސް ނުތިއްބަސް އެ ބައިގަޑަށް އޭރުން އޯކޭ ވާނެއެވެ.

]]>
Sat, 29 Oct 2022 17:05:02 +0500 ހީރަސް
ދެބަންދިހާރު ޔާމީނު https://heerasnews.com/624 https://heerasnews.com/624

އެއްވެސް އިރަކު އެއްވެސް ތަނެއްގައި މާފިޔާ ގޭންގް ލީޑަރުންގެ މައްޗަށް ގާނޫނީ ބާރު ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. އެންމެ ނުރައްކާތެރި މާފިޔާ ލީޑަރ އެންމެ ބޮޑު މުލުވަގު ގާނޫނީ ބާރު ނުހިނގާ ވާހަކަ ދައްކަނީ އޭނާގެ މައްޗަށް ގާނޫނީ ބާރު ނުހިނގާތީއެވެ. މުލުވަގުގެ މައްޗަށް ގާނޫނީ ބާރު ނުހިނގަނީ ނުހިންގޭ ގޮތަށް ދުރާލާ ތަރުތީބުކޮށްގެން ހުންނާތީއެވެ.

މުޅިދައުލަތުގެ ތެރޭގައި ވަގު ހަން ލައިގެން މުލުވަގުގެ އެޖެންޓުންނެވެ. ފުލުހެއް އެންޓިކޮރަޕްޝަނެއް ކޯޓެއް އެކަމުން އިސްތިސްނާނުވެއެވެ. ކަންކަން ހަމަ މަގުން ކައްސުވާލުމަށް މުލުވަގު ބޭނުން ކުރާ އެންމެ ނުރައްކަތެރި ބަޔަކީ ކޮންމެ އިދާރާއެއްގައި ވެސް ތިބޭ ތަންފިޒީ މުއައްޒަފުންނެވެ. ތަންތާގެ އިސްވެރިންނަށް ވުރެ މިބައިގަޑުގެ ނުރައްކާތެރިކަން ބޮޑެވެ. ކަންކަން މަތިއަޅާ އޮޅުން ބޮޅުން ކުރަނީ އެމީހުނެވެ. ކޮންމެ ނިންމުމެއް ނިމިގެންދަނީ މަކަރުވެރި ކަމާއެކު ވަގުހަންލީ އެޖެންޓުން ކޮށާމަށާ ބައްޓަން ކޮށްފައި އޮންނަ ގޮތަކަށެވެ.

ތަހުގީގެއް ނަމަ ސާބިތުކުރެވޭ ގޮތަށް އޮތް ހެއްކެއް ގަރީނާއެއް އިޖުރާއަތު ހަމަވާ ގޮތަކަށް އޮތަކަ ނުދޭނެއެވެ. ފެންނަ ތަން ފާހަގަ ނުކޮށް ބެދޭމަޅި ދޫކޮށް ލާނެއެވެ. ދައުވާކޮށް ޝަރީއަތް ކުރެވޭނީ ބެދޭމަޅި ދޫވެފައި އޮންނަ ތަހުގީގެއްގެ މައްޗަށެވެ. ވެރިކަމުގައި ހުރެ ތަރީހު ނުދެކޭ ވަރުގެ ބޮޑެތި ވައްކަން ކޮށްގެން ހުރެ ޔާމީނަށް އަނގަ ފުޅާކުރެވެނީ އެހެންވެއެވެ. ހަތްދިހަ އަށްޑިހަ ފަޅުރަށާއި ފަޅުގެ ވަގު ޑީލު ހިންގާ ބިލިޔަނުން ދައުލަތް ދަވާލައިގެން ހުރެ އެއިން އެއްވެސް ކަމެއް ނުދެނެ ހުރީމޭ ޔާމީނު އެކިޔަނީ ކިޔެން އޮވެގެނެވެ. ޔާމީނުގެ މައްޗަށް ކުށް ސާބިތު ނުކުރެވޭ ގޮތަށް ކަންކަން ތަރުތީބުކޮށް ދައުލަތުގެ ތެރޭގައި އަތުރާފައި ތިބި ވަގުހަންލީ އެޖެންޓުން އެ މީހުންގެ ދައުރު ބަރާބަރަށް އަދާ ކުރާތީއެވެ.

އެންމެ ސަޅި ކަމަކީ ޔާމީނު ވެރިކަމުގައި ދައުލަތުން ގެއްލުނު ފައިސާ މި ވެރިކަމުގައި ދައުލަތަށް ހޯދާ ނުދެވޭ ވާހަކަ ޔާމީނު ދެއްކުމެވެ. މީހެއްގެ ހަޔާތް ކުޑަކަން ހުރި ވަރަކީ މި ހުރީއެވެ. އަނެއް ކޮޅުން ތިމާ ކުރި ވައްކަން މަތިޖަހާ އޮޅުވާލުމަށް މި ސަރުކާރަށް ވައްކަމުގެ އިނގި ދިއްކުރަނީ ހޭނުބަހައްޓައެވެ.

ނަގަނަގާފައި ދައްކަނީ ވެންޓިލޭޓަރ ތަކެއްގެ ވާހަކައާއި ބަދަލު ދޭ ވާހަކައެވެ. އެހަށް އެ ބުނާ ވެންޓިލޭޓަރ ވާހަކަ ދައްކާ ލަމާހެއްޔެވެ. އޭރަކީ ރައްޔިތުންގެ ދިރިތިބުމާ މަރުވެދިއުމާ މެދު ސުވާލު އުފެދި ގޮތް ހުސްވެ މުޅި ދުނިޔެ ވެންޓިލޭޓަރަށް ޖެހި ފައިވާ ވަގުތެކެވެ. މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ހޯދުނު ގޮތަކަށް ވެންޓިލޭޓަރ ހޯދަން ތެޅި ފޮޅެނީއެވެ. އެމެރިކާ ފަދަ މުއްސަދި ފޯރާ ގައުމުތައް ވެސް އޮތީ ވެންޓިލޭޓަރަށް ޖެހި ގޮތް ހުސްވެފައެވެ.

ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބޭނުންވާ ވެންޓިލޭޓަރު ހޯދައިދޭން ބުނާ ބަޔަކު ހުށަހަޅާ ގޮތަކަށް އެއްބަސް ވެގެން ވެސް ވެންޓިލޭޓަރ ހޯދުން ނޫން ގޮތެއް އޭރަކު ނެތެވެ. ޑަބްލިޔޫ އެޗް އޯ ގެ ސަރަހައްދީ އޮފީހުގެ ލަފަޔާ އެއްގޮތަށް ބަޔަކާ ވެންޓިލޭޓަރު ގަތުން ހަވާލު ކުރީ ދެވަނަ އެހެން ގޮތެއް ނެތިގެންނެވެ. ހުރިހާ އިޖުރާތުތައް ފުރިހަމަ ކޮށްގެން ކަންކަން ކުރެވޭހާ މޫސުމެއް އޭރަކު ނެތެވެ. މުޅި ދުނިޔެ އޮތީ މަރުތަޅުގައެވެ. އޮފީސްތައް ބަންދެވެ. އެންމެން ތިބީ ނިކުމެ އުޅުމަށް މަނާ ވެގަނެގެންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. ކުރި ކޮންމެ ކަމެއް ކުރަންޖެހިފައި އޮތީ ކުއްލި ނުރައްކަލެއް ގޮތަށެވެ.

ދަނޑިވަޅުގެ ފައިދާ ނަގައިގެން ބޭރު ބަޔަކު ވެންޓިލޭޓަރ ގަނެދިނުމުގެ ނަމުގައި ސަރުކާރުން ފައިސާ ތަކެއް ހޯދައިގެން، ބޭނުންވި އަދަދަށް ވެންޓިލޭޓަރު ފޯރުކޮށް ނުދިނުމަކީ ސަރުކާރުގެ ވެރިން ކުރި ވައްކަމެއް ނޫނެވެ. އެ ބަޔަކު ހޯދައިގެން އެފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އެބަ ދެއެވެ. އެކަމަކީ ވައްކަމެއް ކަމަށް ސިފަކޮށްގެން ވަގަށް ގޮވަނީ އެމްއެމްޕީއާރުސީގެ ވައްކަމަކީ އާދައިގެ ކަމެއް ކަމަށް ހަދަން ވެގެނެވެ.

ޔާމީނު ސަރުކާރަށް ވުރެ ބޮޑަށް ކޮރަޕްޝަން ހިންގާ، ވައްކަންކުރި ސަރުކާރެއް މި ފަހުގެ ތާރީހެއްގައި ރާއްޖެ ދެކިފައި ނުވާކަމަށް މުޅި ދުނިޔެ ގަބޫލު ކުރެއެވެ. ބުއް ބޯން އޮން ކުޑަ ކުއްޖާއަށް ވެސް އެކަން އެނގެއެވެ. އެ ގަބޫލު ކުރުން ބަދަލު ކުރަން ކަރުން ނާރުނަގާ ޔާމީނު މި ސަރުކާރަށް ނިސްބަތްކޮށް އެހެން ގޮވިޔަސް އެ ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ދެބަންދިހާރުވެ ދިގު ނިންޖަކުން ނިދާފައި އޮތީ އެހެން ބައެއް ނޫނެވެ. ޔާމީނެވެ.

]]>
Thu, 27 Oct 2022 13:10:18 +0500 ހީރަސް