Maldives Real Time Facts & : ސިޔާސީ https://heerasnews.com/rss/category/ސިޔާސީ Maldives Real Time Facts & : ސިޔާސީ dv ކޮޕީރައިޓް: Heerasnews llp (P013622021) ރައްޔިތުން ދަވާލާނެ ވަރަށް މޮޅު ގޮތެއް! https://heerasnews.com/2441 https://heerasnews.com/2441 ހޫނުމޫސުމަކީ އާންމު ގޮތެއްގައިވެސް ކަރަންޓު ބިލް ބޮޑުވާ ދުވަސްވަރެއްކަމީ އެންމެންވެސް އެއްބަސްވާނެ ކަމެކެވެ. ހާއްސަކޮށް ހޫނުމިން އިންތިހާއަށް އިތުރުވެފައިވާ މި ދުވަސްކޮޅުގައި ކަރަންޓު ބިލް ބޮޑުވެދާނެއެވެ. އެހެންނަމަވެސް، ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވާ މައްސަލަ މިވަނީ ފެންމަތިވެފައެވެ. 

ސޯޝަލް މީޑިއާގައި ގިނަ އާއްމު ރައްޔިތުން ކަންބޮޑުވުންފާޅު ކުރަމުންދާއިރު، 1000 ރުފިޔާ އަށް ވުރެ ދަށުން ކަރަންޓު ފީ އަބަދުވެސް އަރާ ގެތަކަށް 4000ށް ވުރެ މަތިން ކަރަންޓު ބިލް އައިސްފައިވުމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިއީ ކަރަންޓު ބޭނުންކުރި މިންވަރަށްވުރެ އިތުރަށް ކޮށްފައިވާ ބިލްތަކެއް ކަމަށް  ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކަންމިހެން އޮތްއިރު، ނިމި ދިޔަ ރޯދަމަހުގެ ކަރަންޓު ފީ ކުޑަކޮށްފައިވަނީ މަޖިލިސް އިންތިހާބަށް ރައްޔިތުން ހައްލާލުމުގެ ގޮތުންކަމަށް ބުނުމަކީ ދޮގެކޭ ބުނެވޭނޭ ޖާގައެއް ނެތެވެ. އިންތިހާބުން ސުޕަމެޖޯރިޓީ ލިބުމާ ކަރަންޓު ބިލްތަށް ބޮޑުވުން ދިޔައީ އެކުއެކީގައެވެ. 

ބިލްތައް އާދަޔާ ހިލާފަށް ބޮޑުވި ނަމަވެސް ބިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ބުނެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މި މައްސަލަ ދިފާއު ކުރިކަމުގައި ވިޔަސް ހަގީގަތް ވާނީ ހަގީގަތަށެވެ. 3000 އިން 4000 އިން ބިލްތައް ކުއްލިއަކަށް ކަރަންޓު ބޭނުން ނުކުރާ މިންވަރަށް އަރައިގެން ދާންވީ ސަބަބެއް ނެތެވެ. 

ފަހުމީ ވިދާޅުވެފައިވަނީ ރޯދަ މަހު ޑިސްކައުންޓްގެ ގޮތުގައި 20 މިލިއަން ރުފިޔާ ބިލްތަކުން ކަނޑާފައިވާނޭ ކަމަށެވެ. އެހެން ކަމަށް ވަނީ ނަމަ މިއީ ގެއްލުނު 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ސަރުކާރުން ޖަހާ ދަންތުރައަކަށް ވުން އެކަށީގެންވެއެވެ.

މުއިއްޒު ގެންނަން ވައުދުވި "ހެޔޮ" ވެރިކަމަކީ މިއީ ކަމަށް ވެދާނެއެވެ. ނިކަމެތި ރައްޔިތު މީހާގެ ޖީބު ދޮވެލައިގެން ދައުލަތަށް ލިބޭ ފައިސާ ފެންފޮދަކާނުލާ ދިރުވާމަކީ މި ސަރުކާރުގެ "ހަރުދަނާ ސިޔާސަތު" ކަމުގައިވެސް ވެދާނެއެވެ. އަބަދުވެސް އިވެނީ "ރައްޔިތުން ސަލާން ޖަހަން ނުޖެހޭ ނިޒާމަކަށް" ގެންދަން އައި ސަރުކާރަކީ މި ސަރުކާރު ކަމުގައިއެވެ. އަޑުއިވޭ ބަހާއި ކުރާ އަމަލާއި އުޑާ ބިމާ ހާވެސް ތަފާތެވެ. މި ސަރުކާރު އިންތިހާބު ކުރެވުނު ފަހުން ރައްޔިތުން ދަވާލަން ލިބުނު އެންމެ ފުރުސަތެއްވެސް ދޫކޮށްލާފައި އަދި ނެތެވެ. 

ކަރަންޓު ބިލްތަކުން ޖީބުތައް ދޮވެލި ސަރުކާރުން ދެން ދޮވެލާނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތިން ނޫންކަމެއްވެސް ނޭނގެއެވެ. މި އޮތީ ވާ ސަރުކާރެކެވެ.

]]>
Wed, 01 May 2024 14:41:55 +0500 ހީރަސްނިއުސް
މަޖިލިސް އިންތިހާބަށްފަހު މުއިއްޒު ކުރުދޮއްޓަށް https://heerasnews.com/2438 https://heerasnews.com/2438 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތީގައި އޮތުމުން ނުކޮށް ބައްޓާފައިހުރި ކަންކަން އެއްވާނަކަށް މުއިއްޒު ކުރަންފަށައިފިއެވެ. ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ވެގެން ކުރަން ނުކެރިފައި ހުރި ގިނަ ކަންތައް ތަކެއް ޖެހެލުމެއް ނެތި ކުރާނެކަމުގެ އަލާމާތް މިހާއަވަހަށް ފެންނަން ފެށީއެވެ. އަދި އެއުޅެނީ ރައްޔިތުންގެ މަޖިލީހަށް ހޮވުނު މީހުން ހުވާ ނުކޮށެވެ. 

ހިޔާވަހިކަން ހޯދުމުގެ ޕްރޮގްރާމްގެ ދަށުން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓްގަންނަން އެތައް ބަޔަކު އޮތީ ހުށަހަޅާފައެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތާ ހޭދަކޮށްގެން ބަޔަކު ޕޯޓަލަށް ހުށަހެޅީ އުންމީދާ ޔަގީން ކަމާއެކުގައެވެ. އެއްވެސް ބެލުމެއް ހިޔާލެއްނެތި އެތައްބައެއްގެ އުންމީދުގައި ކޮޅުފައިން ޖަހާ ޕޯޓަލު މެދުވެރިކޮށް ވިނަރެސް ފްލެޓް ގަންނަން ހުށަހެޅި ހުރިހާ ހުށައެޅުމެއް ބާތިލުކޮށްލީއެވެ.

ވިނަރެސް ފްލެޓް ނުވިއްކާ ގޮތަށް ނިންމީ މުއިއްޒު ބޭނުންވާ ބަޔަކަށް ވިނަރެސް ފްލެޓްތައް ބަހާލުމަށެވެ. ބޯހިޔާވަހި ކަމުގެ ހާލަތު ކިތަންމެ ގޯހަސް ވަރިހަމަތާއެވެ. މުއިއްޒު ސަރުކާރުގެ ކުރިން އޮތް އެއްވެސް ސަރުކާރަކުން ނިންމާފައި އޮތް ނިންމުމެއް އުވާނުލާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ދީފާވާއެއްޗެއް އަތުނުލާނެ ކަމުގެ އެއްވެސް ކަށަވަރުކަމެއް ނެތެވެ. 

ޗައިނާއާި ތުރުކީގެ އަސްކަރީ އޮޕަރޭޝަނަށް ރާއްޖެ ހުޅުވާލެވިއްޖެއެވެ. ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދެއް ސިޔާސީ ސަރަހައްދެއް ބަލާނެ ކަމެއްނެތެވެ. ކަނޑުއަޑީގެ ސާވޭ ހެދިޔަސް މައުދަން ނެގިޔަސް މަސް ހިފިޔަސް ހެވެވެ. ޗައިނާއާއި ތުރުކީ ކުރާނެ ކަމެއް ކުރާނެ ވަރަކަށް ކުރާނެ އިރަކުން ކުރާކަށް މަނަލެއްނޫނެވެ.

ބ. ހިބަޅިދޫ އަކީ ތަރއްގީ ކުރުމަށް ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި އޮތް ރަށެވެ. ސަރުކާރުން ވެފައިވާ އެއްބަސްވުމަށް އެއްވެސް ހުރުމަތެއް ނެތި ހިބަޅިދޫ އަތުލުމުގެ މަސައްކަތް މުއިއްޒު އެވަނީ ފަށާފައެވެ. ހިބަޅިދޫގައި ތިބި ބިޒްނަސް މޯލްޑިވްސްގެ މީހުން ހަމައެއް ލަމައެއްނެތި ގަދަކަމުން ބާލާ އެރަށް ހުސްކުރަނީއެވެ. ޝަރީއަތެއް ގާނޫނީ ހަމައެއް މުއިއްޒަކަށް ނެތެވެ.

މީހުނަށް ވަޒީފާ ދެނީވެސް މަދެއް ސުމާރެއް ކޮށްނޫނެވެ. އުޑެއް ބުޑެއް އެނގެއެއް ނޭގެއެއް ނުބަލައެވެ. ސިވިލް ސާވިސްއިން ވަކިވެފައިވާ އެތައް ބަޔަކު އަނބުރާ ވަޒީފާއަށް ނެރެނީޔޯލައެވެ. އައުވާނުނަށް ވަޒީފާ ހޯދަދޭން މިޖަހަނީ ވަކިން ކުޑަ މަޅިއެއް ނޫނެވެ.

މިމޭރުމުން އަމުނާލުމަށް ކޮންމެ ދުވަހަކު އެތައް ކަމެއް މުއިއްޒު ދާނީ ކުރަމުންނެވެ. ނަމުގާ ރައްޔިތުންގެ ލާބައަށެވެ. ފުރިގެން ބަންޑުން ވާނީ މުއިއްޒުގެ އަންބޮނޑިއެވެ. ފެނިގެންދާނީ މުއިއްޒުގެ ގޮށްމުށު ބާރެވެ.

އެންމެ އަވަހަށް ދެން ފެންނާނީ ގެދޮރުވެރި ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާ ގެޒެޓް ކޮށްފައިވާ ފަރާތް ތަކައް ފްލެޓް ނުދޭން ނިންމާ ތަނެވެ. އިވޭނީ ބިންވެރިޔާގެ ޕްރޮގްރާމްގެ ގިނަ ގޯތިތަކެއް ދޭން ކަނޑައަޅަފާވާ މީހުންނަށް ދެވެން ނެތް ކަމަށް ކަނޑަ އަޅާއަޑެވެ. ފުށި ދިއްގަރުފަޅު ހިއްކާފައި ނޫނީ ގޯތި ނުދޭން ނިންމާ ނިންމުމުގެ އަޑެވެ.

]]>
Tue, 30 Apr 2024 21:35:48 +0500 ހީރަސްނިއުސް
މެންބަރުކަން ކުރުމުން ދައުލަތަށް ބަލަދުއަރަނީ! https://heerasnews.com/2431 https://heerasnews.com/2431 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތުގެ ވާހަކައިގެ އަޑު އަނެއްކާވެސް މިވަނީ ގަދަވެފައެވެ. ގިނަ ބަޔަކު ދައްކަނީ މެންބަރުންގެ މުސާރައާއި އިނާޔަތުގެ ބޮޑު ވާހަކައެވެ. ބޮޑު ތަނުން މުސާރައާއި އިނާޔަތް ކުޑަކުރަން ޖެހޭ ވާހަކައެވެ. 

މެންބަރުކަން ކޮށްފައިވާ މީހުނަށް ދެވޭ އިނާޔަތުގެ ވާހަކަ ދެއްކުން ވަކިން ކުޑައެއް ނޫނެވެ. މި މައުޟޫއުގައި އެކި މީހުން ކިޔާނީ އެކި ގޮތެވެ. އެއްވެސް ބަޔަކު އެއީ ކުރަން ނުޖެހޭ ކަމަކަށް ނުބުނެއެވެ. 

އެއް ދާރާއެއްގައި ދެ ދައުރު މެންބަރުކަންކޮށް ތިންވަނަ ދައުރަކަށް ކުރިމަތިނުލާ ރީތިކޮށް ދެވަނަ ދައުރު ނިންމާލާ މެންބަރުންނަށް އިނާޔަތުގެ ގޮތުގައި ދައުލަތުން ފައިސާއެއް ދިނުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ދެކޭ މީހުން އުޅެއެވެ. މެންބަރުކަންކޮށް ދެވަނަ ދައުރަކަށް ނުވަތަ 3 ވަނަ ދައުރަކަށް ކުރިމަތިލާ ފޭލިވާ އެއްވެސް މީހަކަށް ދައުލަތުން ފައިސާގެ އިނާޔަތެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހަކަށް އިހުތިރާމް ކުރުމުގެ ގޮތުން ދައުލަތުން ބާއްވާ ގައުމީ މުނާސަބަތު ތަކަށް ދައުވަތު ދިނުމާއި ކުރީސަފުން ޖާގަ ދިނުން ފަދަ ކަންކަމަކީ ކުރުން އެންމެ ރަނގަޅު ކަންކަމެވެ. ފުރުސަތު ދެވެން އޮތް ވަރަކުން އެއަރޕޯޓްތަކުގެ ވީއައިޕީ ލޯންޖުތަކުން ޖާގަ ދިނުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ދައުލަތުންދޭ އާއްމު ހިދުމަތްތައް ދިނުމުގައި ހާއްސަ އިސްކަމެއް ދިނުމާއި ޑިސްކައުންޓެއް ސްޓޭޓްމަނެއްގެ ގޮތުގައި ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ހުރިހާ އިމްތިޔާޒެއް މެންބަރުކަން ކޮށްފައިވާހާ މީހަކަށް ދޭން ނުޖެހޭކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. މެންބަރުންގެ މުސާރައާއި އިނާޔަތާމެދު ބަހުސްކުރާ މީހުންގެ މައިގަނޑު ވިސްނުމަކީ ދައުލަތުގެ ހޭދަ ކުޑަކުރުމެވެ. ތަފާތު ކުރުން ނައްތާލުމެވެ. 

ތެދެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އޮތް މިންވަރަށް ބެލުމެއްނެތި ހިފެހެއްޓުމެއްނެތި އިނާޔަތް ދިނުމަކީ އެެއް ގޮތަކަށްވެސް ކުރުން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ހަމަ މަގަށް އެޅުވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

އާއްމު ރައްޔިތަކަށް ނެތް ހެލްތު އިންސުއަރެންސެއް އިރެއްގައި މެންބަރަކަށް ވިޔަތީ ދައުލަތުން ލިބިދޭކަށް ނުޖެހެއެވެ. ދައުލަތުގެ ސޯސަލް ސެކިއުރިޓީ ނިޒާމްގެތެރެއިން ހެލްތު އިންސުއަރެންންސް ގޮތުގައި ރައްޔިތަކަށް ލިބިދޭ މިންވަރަށްވުރެ މަތީ ފެންވަރެއްގެ އިންސުއަރެންސް ޕެކޭޖެއް ވަކިމީހަކަށް ވެގެން ދައުލަތުން ދިނުމަކީ އިންސާފެއް ނޫނެވެ. މަތީ ފެންވަރެއްގެ އިންސުއަރެންސް ޕެކޭޖެއް ނެގުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. ދައުލަތުން ދޭންޖެހޭނީ އަސާސީ މިންވަރެވެ. 

ދައުލަތުގެ ޒިންމާދާރު މަގާމެއް އަބުރުވެރިކަމާއެކު އަދާކޮށް ނިންމާ އަބުރުވެރި އުޅުމެއްގައި އުޅޭ ސްޓޭޓްސްމަނުންނަށް ހައްގު މަގާމު މުޖުތަމައުން ލިބިދޭން ޖެހޭނެއެވެ. އެހެނަސް އެމީހުނަށް އަދާކުރަންޖެހޭ އިހުތިރާމާއި ލިބިދޭ ލުއިފަސޭހަ ތަކަކީ ދައުލަތުން އުފުލަންޖެހޭ ބުރައަކަށް ވާހެން ކަންކަން ތަރުތީބު ކުރެވިގެން ނުވާނެއެވެ. މެންބަރުކަން ކުރުމަކީ ދައުލަތަށް ބަލަދު އަރާ ކަމަކަށް ވެގެންނުވާނެއެވެ.  

]]>
Sat, 27 Apr 2024 22:09:24 +0500 ހީރަސްނިއުސް
ބޮޑުމެޖޯރިޓީ ލިބިގެން ޝަރީއާ ތަންފީޒެއް ނުކުރެވޭނެ! https://heerasnews.com/2425 https://heerasnews.com/2425 ރައީސް މުއިއްޒު ވެރިކަމާއި މަޖިލިސް ހޯއްދަވައިފިއެވެ. އާއްމު ބަހުން ނަމަ ވެރިކަމާއި މަޖިލިސް މުއިއްޒަށް ރައްޔިތުން ތިޔަ އޮތީ ދީފައެވެ. ރެފްރީއަށް ނުފެނި އަތުން ޖަހައިގެން ވިޔަސް ބޯޅަ ގޯލަށް ވައްދާލައިފިއްޔާ ލަނޑުވާނީ ލަނޑަށެވެ. ވެރިކަމާއި މަޖިލިސް ލިބުނީ ކޮންމެ ގޮތަކުން ކަމަށްވިޔަސް ވަރިހަމަތާއެވެ. އަދުރޭ ބުނާހެން ގާނޫނު އަސާސީ ބަދަލުކޮށްގެން ވެސް ކުރަން ޖެހޭ ކަމެއް މިހާރު ކުރެވޭނެއެވެ. 

މަޖިލީހުން ކަމެއް ކޮށްނުދީގެން ނުކުރެވިފައި އެއްވެސް ކަމެއް މުއިއްޒަކަށް މިހާރަކު އޮވެގެން ނުވާނެއެވެ. ބަހަނާއެއް ހުއްޖަތެއް ދައްކައިގެން ކަންކަން ލަސްކޮށް ފަސް ކުރުމުގެ ފުރުސަތެއް ނެތެވެ. އަމްދުން މިލިޔަން މިލިޔަނުން ހޭދަނުކޮށް ގާނޫނާއި އުސޫލަށް ބަދަލު ގެނެސްގެން ކުރެވެން އޮތް ކަންކަން ކުރުމަށް ފަޅި ސިކުންތެއް ވެސް ލަސްވެގެން ނުވާނެތާއެވެ. 

ޖުޑިޝަރީ އޮނިގަނޑު ބޭނުން ފެންވަރެއްގައި ކޮށާމަށާ އިސްލާހު ކުރާކަށް މިލިޔަނުން ހަރަދެއް ނުވާނެއެވެ. ގާނޫނަށް ގެންނަ ހެޔޮބަދަލު ތަކަކުން ޖުޑިޝަރީއަށް ގެނެވޭ ބަދަލުތަކުން ކުޑަވެގެން ދާނީ ދައުލަތުން ޖުޑިޝަރީއަށް ކުރާ ބޮޑު ހޭދައެވެ. އުފެދި ބޮޑުވާނީ ޝަރީއަތަށް ކުރާ އިތުބާރެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވެން އޮތް ހުރިހާ ދޮރެއް ބަންދުކޮށް ސަރުކާރުން ބޭނުންވުމުންވެސް ފިއްތާ ނުލެވޭ ގޮތަށް ސަރުކާރުގެ ދިގުއަތް މަޖިލިސް މެދުވެރިކޮށްވިޔަސް ނުފޯރާ ގޮތަށް ފަނޑިޔާރުގެ ނިކަން ބައްޓަން ކޮށްލަ ބަލާށެވެ. ޖުޑިޝަރީގެ ބަޖެޓުން ފެށިގެން އިމާރާތުގެ ފަސޭހަކަން ހޯދަން ފަނޑިޔާރުގެ ސަރުކާރުގެ ފައިބުޑަށް ވެއްޓެން ނުޖެހޭ ގޮތައް އަމިއްލަ ފައި މައްޗަށް ތެދުވެ އޮތް ޖުޑިޝަރީއަކަށް ހަދާ ދީބަލާށެވެ. އެކަން ކޮށްދިނުމަށް އުނދަގުލެއް މިހާރަކު މުއިއްޒަކަށް ނުއޮންނާނެއެވެ. 

ޖުޑިޝަރީ އިސްލާހު ކުރުމާއެކު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް މުއިއްޒު ކޮށްދެއްވަންވީ މާބޮޑުކަމެއް އެބައޮތެވެ. ރާއްޖޭގައި ހިންގާ ކޮންމެ ކަމެއް އިސްލާމީ ޝަރީއަތާ އެއްގޮތަށް ހިންގުމެވެ. މަރުގެ ހުކުން ތަންފީޒު ކުރުމެވެ. ރަޖަމް ކުރުމެވެ. ހައްދު ޖެހުމެވެ. އަތް ކެނޑުމެވެ. ރިބާ ހުއްޓުވުމެވެ. ރާގެންގުޅުމާއި އެތެރެކުރުން މަނާކޮށް ހުއްޓުވުމެވެ. ކެރޭނެ ހެއްޔެވެ. ކުރެވޭނެ ހެއްޔެވެ. ތަރައްގީގެ ވާހަކަ ދެއްކެންވެސް އޮތީ އޭގެ ފަހުންނެވެ.            

]]>
Thu, 25 Apr 2024 15:25:47 +0500 ހީރަސްނިއުސް
ނުގުޅިގެން ނޫޅޭތި! ހޮވުނީ ބުނިއެއްޗެއް ދީގެން! https://heerasnews.com/2420 https://heerasnews.com/2420 ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަނީ ރައްޔިތުންގެ ބާރު ތަމްސީލު ކުރުމަށެވެ. ރައްޔިތުންގެ ހެވާ ލާބައަށް ހަދަންޖެހޭ ގާނޫނުތައް ހަދާ އުވާލަންޖެހޭ ގާނޫނުތައް އުވާލާ އިސްލާހު ކުރަންޖެހޭ ގާނޫނުތައް އިސްލާހު ކުރުމަށެވެ. ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށެވެ. އަހަރީ ބަޖެޓް ފާސްކޮށް ދައުލަތް ހަމަމަގުން ހިންގުމަށް މަގު ދެއްކުމަށެވެ.

އެހެނެއް ކަމަކު މަޖިލީހުގެ މެންބަރު ފޯނު ނުނަގައިގެން ދާއިރާ މީހުން އުޅެއެވެ. ރައްޔިތުންގެ ހާލު ބަލަން އަބަދު ގުޅަގުޅާ ނުހުންނާތީ ރުޅި އާދެއެވެ. ކަމާ ކަންފަށަށް ދާއިރާއަށް މެންބަރު ނުދާތީ ޝަކުވާ ކުރެއެވެ. ދައިރާއަށް ޕްރޮޖެކްޓްތައް ނުގެންދާތީ ހިތްހަމައެއް ނުޖެހެއެވެ. ބޭރަށްދާން އާސަންދަ ހޯދާނުދީގެން ރުޅިއާދެއެވެ. ކަމެއް ޖެހޭ އިރަށް ގުޅާލާފައި ބުނާ އަދަދަށް ފައިސާ ނުދީގެން ތުންދަމައެވެ.

ވާނީ އެހެންތާއެވެ. މަޖިލީހުގެ މެންބަރުން ހޮވާ ގާނޫނީ ބޭނުމަށްވުރެ މަޖިލިސް މެންބަރުގެ ބޭނުން ދާއިރާއަށް ބޮޑެވެ. ވިހަން ތަންމައްޗަށް އަރާ އޮންނަ މީހާގެ ފޫޅުމަޔަކީ ގިނަ ފަހަރަށް ދާއިރާގެ މެންބަރެވެ. ދާއިރާގެ ވެލްފެއަރ އޮފިސަރަކީ ވެސް މެންބަރެވެ. ދާއިރާގެ ހުރިހާ ރަށަކާއި ހުރިހާ ރައްޔިތުންގެ މުހުތާދެއްގެ ޒިންމާއަކީ މެންބަރުގެ ޒިންމާއެކެވެ. ގޭފުރާޅުން ވާރޭވެހުނަސް ދާއިރާގެ މީހަކަށް ހެޔޮވަރުގެ ހުންވަރިއެއް އަޔަސް އެކަމާ އުޅެން ހުރީ މެންބަރެވެ. މެންބަރުކަން ލިބުމާއެކު މެންބަރު ބަދަލު ވަނީ ދާއިރާގެ ކޮންމެ މީހެއްގެ ގޮވާން ދަނޑުގައި ގެންގުޅޭ ގެރިގާޑިޔަލަށެވެ. ނޫނީ ކިރުފެލާ ގެރިއަށެވެ.

އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އިލްމުވެރި ބަޔަކަށް ވާންޖެހެއެވެ. ދަށްވެގެން ޑިގްރީއެއް ނެތިއެއް ކަމަކު ނުދެއެވެ. ކުށެއް ބުށެއްގެ ކުލަވެސް އަރާލާފައި ދުވަހަކު އޮވެގެން ނުވެއެވެ. ފިސާރި ދޫހެލޭން ޖެހެއެވެ. ދާއިރާއަށް އުފަން ދާއިރާގެ ރައްޔިތަކަށް ވެސް ނުވެއެއް ކަމަކުނުދެއެވެ. ނަޒާހަތްތެރި ގާނޫނީ މާހިރަކަށް ނުވެވެސް ކަމަކު ނުދެއެވެ. މީހެއްގެ މީހަކަށް އަމްދުން ވެގެން ނުވެއެވެ. ޑްރަގް އެޑިކްޓަކަށް ޑްރަގް ލޯޑަކަށް ވެގެން ނުވެއެވެ. އަމްދުން ދީނަށް ލޯބިކުރާ ދީނީ މީހަކަށްވުން ލާޒިމެވެ. 

ކަން މިހެން އޮތްއިރު މަޖިލީހަށް މެންބަރު ހޮވުމަށް ވޯޓާ ޖެހުމުން އެއްކަލަ ޑިގްރީ އަކަށް އިލްމުވެރި ކަމަކަށް ނުބަލައެވެ. ދޫހެލުމަކަށް ނަޒާހަތްތެރި ކަމަކަށް ނުބަލައެވެ. ދީންވެރި ކަމަކަށް ގާނޫނީ މީހަކަށް ނުބަލައެވެ. ރަށުމީހަކަށް ދާއިރާ މީހަކަށް ނުބަލައެވެ. 

ޑްރަގް އެޑިކްޓަކަސް ޑްރަގް ލޯޑަކަސް ވަރިހަމައެވެ. ރޭޕިސްޓަކަސް ގެންގްލީޑަރަކަސް ފަރުވާލެއް ނެތެވެ. އޮޅިގެން ދުވަހަކު ހުޅަނގު ފަރާތަށް ގުދުވެ ނުލިޔަސް ވަރިހަމައެވެ. ކުރިން ދާއިރާއަށް ކަމެއް ކޮށްދީފައި ނެތަސްހެވެވެ. ދުވަހަކު ލޯ ނުދެކޭ މީހެއްގެ މީހަކަސްހެވެވެ. ދާއިރާގެ މެންބަރުކަމުގެ ގޮނޑިއަށް ހޮވޭނީ އިންތިހާބާ ދިމާކޮށް އެންމެ ގިނަ ކަންތައް ކޮށްދޭ މީހެކެވެ. ވޯޓު ގަންނަން އެންމެ ގިނަ ފައިސާއާއި ތަކެތި ދޭމީހެކެވެ. ވޯޓު ހޯދަން އެންމެ ގިނަ ވަޒީފާ ހޯދާދޭ މީހެކެވެ. 

ވޯޓު ވިއްކައިގެން މެންބަރު ކަމަށް ހޮވި މީހާ ފޯނު ނުނަގައިގެން ދާއިރާ މީހުން އުޅޭނެ ކަމެއްނެތެވެ. ރައްޔިތުންގެ ހާލު ބަލަން ނުގުޅާތީ ރުޅި އަންނާނެކަމެއް ނެތެވެ. ދާއިރާއަށް މެންބަރު ނުދާތީ ޝަކުވާ ކުރާނެ ކަމެއްނެތެވެ. ދައިރާގައި ޕްރޮޖެކްޓްތައް ނުހިނގާތީ ހިތްހަމަ ނުޖެހޭނެ ކަމެއްނެތެވެ. ބޭރަށްދާން އާސަންދަ ހޯދާނުދީގެން ރުޅިއަންނާނެ ކަމެއް ނެތެވެ. ކަމެއް ޖެހިގެން ގުޅާލާފައި ބުނާ އަދަދަށް ފައިސާ ނުދީގެން ތުންދަމާނެ ކަމެއް ނެތެވެ. ވަކި ގޮތަކަށް ވޯޓުދީ ގާނޫނުތައް އޮޅާލާތީ ކަންބޮޑުވާނެ ކަމެއްނެތެވެ. މަޖިލީހުގެ ތަޅުމުގައި އައުގުރާނަ ގޮވާ ބަނޑު މުސާރައަށް ބެއްދިޔަސް ފާޑު ކިޔާނެ ކަމެއްނެތެވެ. އެމީހުން މަޖިލީހަށް ވަދެ އެތިބީ ބުނި އެއްޗެއް ދީގެންނެވެ. ގޮނޑި ގަނެގެންނެވެ.     

]]>
Tue, 23 Apr 2024 16:01:22 +0500 ހީރަސްނިއުސް
މަޖިލީހަށް ނުވައްދަން އަދުރޭ ބުނި 20 މީހުން!؟ https://heerasnews.com/2411 https://heerasnews.com/2411 ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް 368 އުންމީދުވާރުން ވާދަ އެބަކުރެއެވެ. ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުންނެވެ. އަންނަ އާދީއްތަ ދުވަހަކީ އިންތިހާބު އޮންނަ ދުވަހެވެ. އެދުވަހުގެ ވޯޓަށްފަހު މަޖިލީހުގައި ތިބޭނީ ކޮން ބައެއްކަން ސާފުވެގެން ދާނެއެވެ. މަޖިލީހަށް ހޮވޭ ނުވަދިހަ ތިން މެންބަރުން ތެރޭގައި ތިބީ ސަރުކާރުން ހޮވަން އުޅުނު މީހުންގެ ތެރެއިން ކޮން ބައެއްކަންވެސް އެނގިގެންދާނެއެވެ. 

މަޖިލީހަށް ވާދަކުރާ މީހުންގެ ތެރޭގައި މަޖިލީހަށް ވައްދަން ހެޔޮނުވާނެ ވިއްސަކަށް މީހުން ތިބިކަމަށް ރައީސް މުއިއްޒުގެ އިސް ވަޒީރު ފޮނަދޫ އަބްދުއްރަހީމް (އަދުރޭ) ބުނެފައިވެއެވެ. އަދުރޭ އެ ބުނާ ވިހި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވޭ ބައެއް މީހުން ފާހަގަ ކޮށްލުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ރައްޔިތުން އެ މީހުނާ މެދު ސަމާލުވާން އެނގޭނީ އޭރުންތާއެވެ. 

މަޖިލީހަށް ވަންދަން ހެޔޮނުވާނެ ކަމަށް އަދުރޭ އެބުނާ ވިހިމީހުންގެ ތެރެއިން ފާހަގަވާ ބައެއް މީހުން ސަބަބާއެކު ފާހަގަކޮށްލާނަމެވެ.

1. އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ)

އަދުރޭ ވާދަކުރަން ނިކުމެ ހުރީ ލ. ފޮނަދޫ ދައިރާއަށެވެ. އަދުރޭއަކީ މަޖިލިސް މެންބަރުކަން ކުރިންވެސް ކޮށްފައިވާ މީހެކެވެ.

އަދުރޭއަކީ މަޖިލީހުގެ ތަޅުމުގައާއި މަޖިލީހުގެ މަސައްކަތުގެ ތެރޭގައި ރޯ އައުގުރާނަ ގޮވުމުގައި ލަދެއް ހަޔާތެއް ނެތް ހުތުރު ރެކޯޑެއް އޮތް މީހެކެވެ. ރައީސް ޔާމީނަށް ހޯދާދޭ ވެރިކަމެއްކަމަށް ރައީސް ޔާމީނަށް ވަފާތެރިންނަށް ދައްކައިގެން ރައްޔިތުންނަށް ދޯކާދީގެން މުއިއްޒަށް ވެރިކަން ހޯދާދިން ކާންދޭ އަތުގައި ދަތްއެޅި މައްކާރެކެވެ.

ރައީސް މުއިއްޒު ހައިޖެކް ކޮށްގެން ސަރުކާރުގެ މަގާމުތަކަށް އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ޅިޔަންފަހަރިންނާއި ރައްޓެހިން އިސްކުރުވައިގެން ދައުލަތް ދަވާލާ ހާއިނެކެވެ. އަމިއްލަ ދަރިއަށް ރާއްޖޭގެ އެންމެ ބޮޑު އެންމެ ނާޒްކު އިގްތިސޯދުގެ ވެރިކަން ދީގެން ދުނިޔޭގައި ރާއްޖޭގެ އަގުވައްޓާލާ ބަދުނާމުކޮށް ހަލާކުގެ ތެރެއަށް ވައްޓާލަމުންދާ ބޮޑު ޖާހިލެކެވެ. ދައުލަތުގެ ތިންބާރުން އެއްބާރު ކަމުގައިވާ މަޖިލީހުގެ ރައީސް ކަމަށް ފައިނަގައިގެން ހުރި ހީލަތްތެރި މުރައްކަބު ގައްދާރެކެވެ. 

2. ފާތިމަތު ސައުދާ

ފާތިމަތު ސައުދާ ކުރިމަތި ލައިގެން އުޅެނީ ފ. ނިލަންދޫ ދާއިރާއަށެވެ. ސައުދާއަކީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް އަންހެނެކެވެ. ނިލަންދޫ ދާއިރާއަކީ ވަރަށް ކުރިއްސުރެ މައޫނިޒަމަށް ވަރަށް ބޮޑަށް ހުސްވެފައިވާ ދައިރާއެކެވެ. އެހެން ކަމުން ޑީއާރުޕީއާއި ޕީޕީއެމް ފިކުރުން މުޅި ދާއިރާ އޮންނަނީ ކަޅިވެފައެވެ. ނިލަންދޫ ދައިރާގައި އޮތް ރައީސް ޔާމީނުގެ ތާއިދު ހައިޖެކް ކޮށްގެން ވެރިކަމަށް އައި މުއިއްޒު އެ ދައިރާގެ މައްޗަށް ވެރިވެ ގަތުމަށް އެއްބަނޑު ކޮއްކޮ ސައުދާ އެދާއިރާގެ މެންބަރު ކަމަށް އެއިނީ ނެރެފައެވެ. 

ސައުދާއަށް އެ ދާއިރާގެ މެންބަރުކަން ހޯދާ ދިނުމަށްޓަކާ އެ ދާއިރާގައި މަޖިލީހަށް ވާދަކޮށްފާނެ ހުރިހާ އެންމެނަށް ސިޔާސީ މަގާމުތައް ދީގެން ވަނީ ފަހަތައް ޖައްސާފައެވެ. ވޯޓަކަށް ނުފޫޒެއް އޮވެދާނެހެން ހީވާހާ މީހަކަށް ވެސް ބޮޑެތި ސިޔާސީ މަގާމުތައް ވަނީ ދީފައެވެ. ދާދި ކައިރީގައި އެއަރޕޯޓެއް ނިމިނިމި އޮއްވާ އެ މަސައްކަތް ހުއްޓާލާ ނިލަންދޫ ފަޅުގައި އެއަޕޯޓެއް އަޅަން ފެށީ ސައުދާއަށް ޓަކައެވެ.

3. މުހައްމަދު ޝިރުހާން 

މުހައްމަދު ޝިރުހާނު ވާދަ ކުރަނީ ބ. ހިތާދޫ ދާއިރާއަށެވެ. ޝިރުހާނަކީ މަސްހޫރު ސާދާގަރު އާއްޓޭގެ ޕަޕެޓެކެވެ. އާއްޓެގެ މުއައްޒިފެކެވެ. ހިތާދޫ ދާއިރާއަށް ނިސްބަތްވާ މީހެއްނޫނެވެ. ވަންހަ ދިލަކޮޅު ދަރަވަންދޫއާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތަސް ކުރިއަކުން މީހަކު ދަންނަ މީހެއް ނޫނެވެ. އެކަށީގެންވާ ތައުލީމެއް ވާހަކަ ދެއްކުންތެރި ކަމެއްވެސް ނެތް ސިޔާސީ ގޮތުން އުޑެއް ބުޑެއް އެނގޭ މީހެއްނޫނެވެ. 

ޝިރުހާނުގެ ހުރިހާވެސް ބަާރަކީ އާއްޓޭއެވެ. އާއްޓޭގެ މުއްސަދިކަމެވެ. މަޖިލީސް މެދުވެރިކޮށް ސަރުކާރުގެ ތެރެއިން އާއްޓޭ ބޭނުންވާ ފައިދާ ނެގުމަށް މަޖިލީހަށް ވައްދާ އާއްޓޭގެ ޕަޕެޓެކެވެ. ޝިރުހާނު ހޮވައިގެން ދާއިރާއަށް ލިބޭނެ މޮޅެއްނެތެވެ.

ނަސިބު ކޫޕަންގެ ގޮތުގައި ހިތާދޫ ދާއިރާގެ ތިންރަށަށް ކެންޕޭނު މޫސުމުގައި ސައިކަލާއި ބައިސްކަލާއި އެއަރކޯނާއި ރަށުޕިކަޕް ރިޝްވަތުގެ ގޮތުގައި ބަހައިގެން ހިންގާ ކެންޕޭނަކުން ފަސާދަނޫން ކަމެއް ނުފެތުރެއެވެ. 

ރައީސް މުއިއްޒުގެ ކެންޑިޑޭޓްގެ ގޮތުގައި ޝިރުހާނު ނެރެގެން މަޖިލިސް ހިސޯރު ކުރަން އާއްޓޭ އުޅޭ އުޅުމަށް ރައްޔިތުން ތިބީ ވަރަށް ފާރަވެރިވެގެންނެވެ. ރޭގަޑު މެންދަމު ރަށްރަށަށް ގެންގޮސް އޮއްސާލާ ރަށުޕިކަޕް ތަކަކާއި ބައިސްކަލަކީ ވޯޓެއް ނޫނެވެ. 

އިސްވެ ބުނެވިދިޔަ ތިން މީހުންގެ އިތުރަށް އަންނަނިވި މީސްމީހުންނަކީ ވެސް އަދުރޭ ބުނާގޮތުން މަޖިލީހަށް ވައްދަން ހެޔޮވާ ވަރުގެ ބައެއްނޫނެވެ. އެ މީހުން މަޖިލީހަށް ވައްދަން ނުޖެހޭ ސަބަބުތަކަކީ ފާޅުކޮށް ފެންނަން ހުރިކަންކަމެވެ.  

  1. މުހައްމަދު ނާޒިމު (ކަނަލް ނާޒިމް)
  2. އިބްރާހީމް ސުޖާ (ބާރަށު ދާއިރާ)
  3. ގާސިމް އިބްރަހީމް (މާމިގިލި ދާއިރާ)
  4. އައިޝަތު ނަހުލާ (ހުޅުމާލެ ދެކުނު)
  5. އަހުމަދު ނާޒިމް (ދިއްގަރު ދައިރާ)
  6. އަހުމަދު ސިޔާމް (ދ. މީދޫ ދައިރާ)
  7. އަހުމަދު ސަލީމް (އޭދަފުށި ދާއިރާ)
  8. އިބްރަހީމް މުހައްމަދު ޖަނާބު (މައްޗަންގޮޅި އުތުރު)
  9. މުހައްމަދު އިސްމާއީލް (ވިލިމާލެ ދާއިރާ)
  10. އަބްދުއްލާ ޖާބިރު (ކާށިދޫ ދާއިރާ)
  11. އަހުމަދު އަޒާން (ހިތަދޫމެދު ދާއިރާ)
  12. ހަސަން ޒަރީރު (މަތިވެރި ދާއިރާ)
  13. އަބްދުލްގަނީ (ކުރެންދޫ ދާއިރާ)
  14. މުހައްމަދު ނަޝީދު (ނޮޅިވަރަން ދާއިރާ)
  15. އަހުމަދު ތޯރިގު (މަހިބަދޫ ދާއިރާ)
  16. އަހުމަދު ޒަމީރު (މައްޗަންގޮޅި މެދު)
  17. އަސްމާ ރަޝީދު ( މާފަންނު މެދު ދައިރާ) 
]]>
Fri, 19 Apr 2024 21:58:02 +0500 ހީރަސްނިއުސް
ބޮޑު ދެޕާޓީގެ ކުރިއަށް ޑރ. އިކްލީލު https://heerasnews.com/2404 https://heerasnews.com/2404 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް އެންމެ ތިން ދުވަހަށްވީއެވެ. ކެންޕޭނުގެ ފޯރި އެއްވާނަކަށް މުޅި ރާއްޖޭގައި އޮތީ ހިފާލާފައެވެ. ނަތީޖާ އަންނާނެ ކަމަށް ލަފާކުރެވޭ ޕޯލުތަކާ ހިޔާލު ހޯދުމަށް ތަފާތު ސާވޭތައް އެކިފަރާތް ތަކުން ދަނީ ހަދަމުންނެވެ. މުޅި ރައްޖެއާއި އެކި އެކި ދާއިރާތަކުގައެވެ. 

އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވީ އިންތިހާބީ 87 ދާއިރާ އިންނެވެ. ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާ އިންތިހާބީ ދާއިރާ ވަނީ 93އަށް ބަދަލުވެފައެވެ. އަލަށް އުފެދުނު ދާއިރާ ތަކުގެ ތެރެއިން ބ. އަތޮޅު ހިތާދޫ ދާއިރާ ފާހަގަ ކޮށްލެވެއެވެ. 

ހިތާދޫ ދާއިރާގައި ހިމެނެނީ 3 ރަށެވެ. ހިތާދޫ، ދަރަވަންދޫ، މާޅޮހެވެ. ހިތާދޫ ދާއިރާއަށް ވޯޓްލުމަށް ހައްގު ލިބިގެންވަނީ 2401 މީހުންނެވެ. ދަރަވަންދޫގައި 875 މީހުންނެވެ. މާޅޮސްގައި 526 މީހުންނަށް ހައްގު ލިބިފައިވެއެވެ. ހިތާދޫގައި ވޯޓުލެވޭ ތިބެނީ 1000 މީހުންނެވެ. 

ހިތާދޫ ދާއިރާގެ މެންބަރު ކަމަށް 5 މީހުން ވާދަކުރެއެވެ. ވާދަކުރާ ކެންޑިޑޭޓުންނަކީ:-

  1. މުހައްމަދު ޝިރުހާން  ޕީއެންސީ
  2. ޝަރީފާ ސައީދު  އަމިއްލަ ( ޕީއެންއެފް)
  3. ޑރ. އިކްލީލު ޝަރީފް  އަމިއްލަ
  4. ޒީބާ އަޠާ މުހައްމަދު  އަމިއްލަ
  5. އާޔަތުއްލާ ހުސައިން  އެމްޑީޕީ 

ފަސް ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު ޝިރުހާނާއި ޝަރީފާ ސައީދާއި ޑރ. އިކްލީލު ޝަރީފް އަކީ ޕީއެންސީ ޕްރައިމަރީގައި ޕާޓީ ޓިކެޓަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުންނެވެ. ޕްރައިމަރީގައި ވާދަކުރައްވާ ޕީއެންސީ ޓިކެޓް ހޯއްދެވީ މުހައްމަދު ޝިރުހާނެވެ. ޑރ. އިކްލީލަށް ލިބިވަޑައިގަތީ އެ ޕްރައިމަރީން އެންމެ ފުލެވެ. 

މަޖިލިސް ކެންޕޭނު ފެށިގެން މިހާ ހިސާބަށް އައުމާ ހަމައަށް ޖަހާ ހުރިހާ ހިސާބެއް ދައްކަނީ ބޮޑު ދެޕާޓީން ގޮނޑިއާ ކައިރިކުރާ ތަނެވެ. ޕާޓީއެއްގެ ޕްރައިމަރީން ބަލިވެއްޖެ މީހަކު އަމިއްލަ ގޮތުން ނިކުމެ ތަފާތެއް ދެއްކިފާ އޮންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މަހެއް ފަހާލާނެ މަހެއް ހުރެދާނެތާއެވެ. 

ހިތާދޫ ދާއިރާއިން މިހާރު އެތަފާތު ފެންނަން ފަށައިފިއެވެ. ވޯޓުލުމަށް ތިން ދުވަހަށް ވެފައިވާއިރު ޕޯލުތަކުން ކުރި ހޯދަމުން ދަތަން ފެންނަނީ ޑރ. އިކްލީލް ޝަރީފެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވުރެވެސް ކުރީގައި ޑރ. އިކުލީލް އޮތްއިރު ޕީއެންސީގެ ކެންޑިޑޭޓް ދައްކަނީ ތިން ވަނައަށް ސޮއްސާލާފައި އޮތްތަނެވެ. 

ހިތާދޫ ދާއިރާގައި އަމިއްލަ ޖަމާއަތެއް މެދުވެރިކޮށް ހީރަސް ނިއުސް އިން ހިންގި ހިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން މިވަގުތު ކުރީގައި އޮތީ ޑރ. އިކުލީލު ޝަރީފެވެ. އެމްޑީޕީ ކެންޑިޑޭޓް އާޔަތު ދާދިކައިރިން ދެވަނާގައި އޮތްއިރު ޕީއެންސީ ކެންޑިޑޭޓް ޝިރުހާނު އޮތީ ތަފާތު ބޮޑުކޮށް 3 ގައެވެ. ހަތަރެއް ފަހެއްގައި އޮތްކަމަށް ދައްކަނީ ޝަރީފާ ސައީދާއި ޒީބާއެވެ. 

މި ސާވޭ ކޮށްދީފައި ވަނީ ސާވޭ ކުރުމުގެ ތަޖުރިބާ ލިބިފައިވާ އަމިއްލަ ޖަމާއަތަކުންނެވެ. ސާވޭކޮށްފައި ވަނީ ތިން މެތަޑަކަށެވެ. ސީދާ ސުވާލަށް ނުގޮސް ފޯކަސް ގްރޫޕް ތަކަށް ޓާގެޓްކޮށްގެންނާއި ފޯނުންނާއި ފޭސް ޓް ފޭސް ކޮށެވެ. ކުރެވު ސާވޭގެ ޖުމްލަ ނަތީޖާއަކީ:-

  • ހިތާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ: 
  1. މުހައްމަދު ޝިރުހާން %16
  2. ޝަރީފާ ސައީދު %10
  3. ޑރ. އިކްލީލު ޝަރީފް  %27
  4. ޒީބާ އަޠާ މުހައްމަދު %7
  5. އާޔަތުއްލާ ހުސައިން   %23
  6. ނޭނގެ           %17
]]>
Wed, 17 Apr 2024 11:04:26 +0500 ހީރަސްނިއުސް
އަދުރޭ ލިސްޓްގެ އެންމެ ކުރީގައި ސައްލެ؟ https://heerasnews.com/2402 https://heerasnews.com/2402 މަޖިލީހުގައި ތިބެގެން ނުވާނެ ވިހި މީހެއްގެ ވާހަކަ މުއިއްޒުގެ އިސްވަޒީރު އަދުރޭ ދެއްކީ ދާދި ފަހުންނެވެ. ކޮންބައެއްކަން ނުބުނެ އަދުރޭ އެބުނާ 20 މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމު (ސައްލެ) ހިމެނޭކަން ޔަގީން ވެއްޖެއެވެ. ހަމައެކަނި ލިސްޓްގައި ހިމެނެނީއެއް ނޫނެވެ. ލިސްޓްގެ އެންމެ ކުރީ ދެތިންނަމުން ނަމަކަށް ސައްލެގެ ނަން ވާކަން ކަށަވަރެވެ. ކޮންމެ އަގެއް ދައްކައިގެންވެސް ސައްލެ މަޖިލީހަށް ވަނަ ނުދިނުމަކީ މުއިއްޒުގެ އަމާޒެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމު (ސައްލެ) ދެކެ މުއިއްޒު މިގަންނަނީ ހާދަހާ ބިރެކެވެ. ސައްލެއަށް ހޯރަފުށީގައި އޮތް ތާއީދު ފެނި މުޅި ސަރުކާރު އޮތީ މޭކަރަކަރައެވެ. ސައްލެއާ ދެކޮޅަށް ކުރެވެން އޮތް ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ. އެހެނަސް ސައްލެގެ ކެންޕޭނަށް ހުރަސް އަޅަން ސަރުކާރު ހިންގާ ކޯލިޝަނުން ކުރަމުންދާ މަސައްކަތް ދަނީ ބޭކާރުވަމުންނެވެ.

ސަލީމުގެ މައްޗަށް ކުރި ނުހޯދި ސަރުކާރަށް ގޮތްހުސްވެ ހޯރަފުށީ ކައުންސިލްގެ ބާރު ކަނޑުވާލުމުގެ މަސައްކަތް ފާޅުގައި ވަނީފަށަފައެވެ. ސައްލެގެ ކެންޕޭނުގައި ހޯރަފުށީ ކައުންސިލުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާކަމަށް ބުނެ ދޮގު އިލްޒާމް ސަރުކާރު ހިންގާ ޕީއެންސީ ކޯލިޝަނުން އެޅުވީ ދެވަނަ އެއްވެސް ގޮތެއް ނެތިގެންނެވެ. 

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރާއްޖޭގެ ކަންކޮޅުތަކުގައި ކެންޕޭނު ކުރަނީ ކޮންބައެއްކަން ރައްޔިތުންނަށް ވަރަށް ސާފެވެ. ރައްޔިތުންގެ ހާލު ބެލުމުގެ ނަމުގައި ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ރައީސް މުއިއްޒު ދެފައި އެއްތާ ނުޖަހާ އެކުރަނީ ކީއްކަން އޮޅިގެން އުޅޭ މީހަކު ނޫޅެއެވެ. ވަޒީރުންނާއި ދައުލަތުގެ އިސްވެރިން އެމީހުންގެ އޮފީސްތައް ދޫކޮށްނިކުމެ ރާއްޖޭގެ އެތަން މިތާ ރަސްމީގަޑީގައި އެކުރަނީ ކެންޕޭނު ނޫން ކޮން އެއްޗެއް ހެއްޔެވެ. 

ހޯރަ ކިޔަންޏާ މާހޯރައަކަސް ވަރިހަމައެވެ. ދުވަހަކު ހޯރަފުށި ލޮލުން ނުދުއްޓަސްހެވެވެ. ހެދުނު ގޮތެއް ހަދައިގެން ސައްލެ ފެއިލްކޮށްލަން އެރުވުނު މީހަކު ހޯރަފުއްޓަށް ސަރުކާރުން ދަނީ އަރުވަމުންނެވެ. އެގޮތުން ކަޅުދަބަސް ހިފައިގެން ހޯރަފުއްޓަށް އަރާ ރައީސް އޮފީހުގެ ކޮމިނިކޭޝަން މިނިސްޓަރު ހެއްޔަބޯ ހަލީލު އެބަހަނީ މުސްހަފެއް ނޫނެވެ. ދިންނަވާނޭ މަގެއްވެސް ނޫނެވެ. ހަކުރެއް ރިހާކުރެއް ނަގުދެއް ނޫންކަމެއް ނޭގެއެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެތައް ދުވަހެއް ވަންދެން ހޯރަފުށީގައި ހުރެގެން އެ ހިންގަނީ އައިޖީއެމްއެޗް ހެއްޔެވެ. އައިޖީއެމްއެޗް މިހާރު ހުންނަނީ ހޯރަފުށީގައި ހެއްޔެވެ. އައިޖީއެމްއެޗްގައި ތިބި ބަލިމީހުނަށް ފަރުވާނުދެވި އަޅާލުން ނުލިބި ހޮސްޕިޓަލްގެ އިހުމާލުން މީހުންގެ ފުރާނަ ދާއިރު ސީއީއޯ އުޅުއްވަނީ ޕީއެންސީ ކެންޕޭނުގައެވެ. 

ހިނގާލާފައި ޑޮކްޓަރަށް ދައްކަން މިދިޔަ ހުކުރު ދުވަހު މެންދުރު އައިޖީއެމްއެޗަށް ދިޔަ އެކަކީ ހޯރަ އިއްބެއެވެ. ހޮސްޕިޓަލްގެ އީއާރަށް ވަނތްތާ ދެތިން ގަޑިއިރު ފަހުން އިއްބެގެ ގަބުރު ހޮސްޕިޓަލުން ނެރެން ޖެހުނީ ޕީއެންސީއަށް ހޯރަފުށިން ނުލިބޭ ވޯޓެއް ކަމަށް ސީއީއޯ ހޯރަފުށީގައި ހުރެ އަންގައިގެން ހެއްޔެވެ. 

ކުރާށެވެ. ކުރާށެވެ. ސައްލެއަށް އޮތް ތާއީދު ނަގާލަން ކުރެވުނު ކަމެއް ކުރާށެވެ. ކިތަންމެ ފޮނެއް އެރުވިޔަސް ކަންކަން ކުރެވޭނީ މިންވަރުގެ ކޮޅަށެވެ. އަހުމަދު ސަލީމުގެ ހިންމަތާ މިންނަތުން ދާއިރާއަށް ހޯދާދީފައިވާ ކުރިއެރުން ދިރިދިރި ދާއިރާއިން އެހުރީ ފެންނާށެވެ. ހޯރަފުށީ ދާއިރާގެ ރައްޔިތުންނަށް އެކަމެއް ނޯޅޭނެއެވެ. 

ކޮންމެ އަގެއް ދައްކައިގެންވެސް އަހުމަދު ސަލީމް (ސައްލެ)ގެ ސިޔާސީ ހަޔާތުގައި މޫނު އަޅަން މުއިއްޒު ސަރުކާރުން މަރުފަލި ޖަހަނީކަން އެނގެއެވެ. އިލްމީ ގާބިލު ދޫ ފަސޭހަ ތަޖުރިބާކާރު މީހުން މަޖިލީހުގައި ތިބެންޖެހޭ ކަމަށް ގަބޫލުކުރާ އެއްވެސް ރައްޔިތަކު ސައްލެ އެއްލައެއް ނުލާނެއެވެ. މުއިއްޒަށް އަޅުވެތިވެ ހަމްދު ސޮލަވާތް ކިޔަވަން ރަނގަޅަށް ނޭގޭ މީހަކު އަތުގައި ހިފައިގެން ނިކުމެ ސައްލެ ފުނޑާލަން ހޯރަފުށީ ހަލީލު މެން ނިކުތީމާ ހޯރަފުއްޓައްވެސް ހުތުރެވެ. ފުލުފުލުން ކަޅު ދަބަސް އެރުވިޔަސް ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ ހިތުގައި ސައްލެއަށް އޮތް ލޯތްބާއި އިތުބާރެއް ނައްތައެއް ނުލެވޭނެއެވެ.

]]>
Mon, 15 Apr 2024 15:30:13 +0500 ހީރަސްނިއުސް
މިފަހަރު ސްޕަރ މެޖޯރިޓީ ޑިމޮކްރެޓްސްއަށް!؟ https://heerasnews.com/2400 https://heerasnews.com/2400 ރައީސް ނަޝީދަށް ވެފައި މިހުންނަނީ ކިހިނެއް ހެއްޔެވެ. އަބަދުވެސް އޮޔާވަޔާ ދެކޮޅަށް މަރުފަލި ޖެހުމަކީ ޖެހިފައި ހުރި ބައްޔަކީ ބާއެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބިގެން އެމްޑީޕީއަށް ވެރިކަން ކުރަން ލިބުމުން އެވެރިކަން ހަރާބުކޮށްލީ ނަޝީދެވެ. އަސާސީ ހައްގުތައް ހަމަހަމަކޮށް ރައްޔިތުންނަށް ހޯދާދީ ގައުމު ހަމަ މަގަށް އަޅުވާން ލިބުނު ފުރުސަތު ގެއްލުވާލީ ނަޝީދެވެ. ބޮޑުވަޒީރުކަން ނުލިބިގެންނެވެ. 

ސަރުކާރުގެ އިދާރާތަކުގައި ކަތުރުފަނި އަޅުވާ ފަސްކޮށް ލަސްކޮށް ފާލުން ނައްޓާލީ ނަޝީދެވެ. މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން އިނދެ އަމިއްލަ މަސްލަހަތުގައި އެމްޑީޕީގެ ވެރިކަމުގެ ލޭބަލް އެޅުވީ ނަޝީދެވެ. އަސްލެއްނެތް ތުހުމަތުތައް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އަޅުވައިގެން އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅުނީ ނަޝީދެވެ. އަމާން ކަމާ އޮމަން ކަމާއެކު ހައްލުކުރެވެން އޮތް ކިތަންމެ ކަމެއް ހަމައިން ނައްޓުވާލާ އެމްޑީޕީ އޮޔަދުއްވާލަން އުޅުނީ ނަޝީދެވެ. ބޮޑުވަޒީރުކަން ނުލިބިގެންނެވެ.

ނަޝީދު ޖެހިހާ ބެރަކަށް ނުނެށި މަޖިލިސް މެންބަރުންގެ ނިއްކުރީގައި ވައްކަމުގެ ޓެގް އަޅުވާ އެއްވެސް އަސާސެއް ނެތި އެމްޑީޕީގެ ސޫރަ ހަޑިކޮށްލި މީހަކީ ނަޝީދެވެ. އެމްޑީޕީގެ ރޫހުގައި ހިތާ ރޫހުން މަސައްކަތްކުރި ރޮޒޭނާމެން ފަދަ އެތައް ބަޔަކާމެދު މެންބަރުންނާއި ރައްޔިތުންގެ ހިތުގައި ނަފްރަތާއި ޝައްކު އުފެއްދީ ނަޝީދެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ބާރުތައް ނަޝީދުގެ އަތްމައްޗަށް ފުރޮޅާނުލައިގެން ކުޅުނު ގޭމް އަތަށް ގޮވުމުން ނަޝީދުގެ ފުރާނަ ދުއްވާލަން އުޅުއްވިކަމުގެ ނުރައްކާތެރި އިލްޒާމް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެޅުވީ ނަޝީދެވެ. ބޮޑުވަޒީރުކަން ނުލިބިގެންނެވެ. 

އެމްޑީޕީގެ ވިންދާ ދެކޮޅަށް އެތެރޭގައި ކުރިހާ މަސައްކަތް ބޭކާރުވެ ބޭޒާރުވުމުން މާބޮޑު ޑިމޮކްރެޓެއް ވެގެން ނިކުމެގެން ދިޔައީ ނަޝީދެވެ. އިދިކޮޅަށް ވުރެ އިދިކޮޅުވެގެން އުފެއްދި ޕާޓީ ގަނޑަށް ހަމަވީ ކިރިޔާ ތިން ހާހެވެ. އެމްޑީޕީ އޮތީ އޮތް ގޮތަށެވެ. ދަ ޑިމޮކްރެޓްސް އިދިކޮޅާ ގުޅިގެން އިބޫ ނޫން ގޮތެއް ހޯދަން ނިކުތް ދަތުރުގައި ބޮޑުވަޒީރުކަން ނުލިބުނުތާ ރިޔާސީ އިންތިހާބުގައި ފަނަރަ ވަރަކަށް ހާސް ވޯޓު މުޅި ރާއްޖޭން ނުލިބުނެވެ. އަސްލު އެމްޑީޕީ އޮތީ އޮތް ގޮތަށެވެ. 

އިބޫ ނޫން ގޮތެއް ހޯދަން ވާދަވެރިން ގުޅިގެން އިބޫ ނޫން ގޮތެއް ހޯދިއިރު އިބޫ ނޫން ގޮތެއް ނެތްކަމަށް ގަބޫލުކުރި މީހުންގެ އަދަދު އެއްލައްކަ ނުވަހާހަށް ވުރެ ގިނައެވެ. ރާއްޖޭގެ ތާރީހުގައި އިންތިހާބެއްގައި ބަލިވި ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ލިބުނު މީހަކީވެސް އިބޫއެވެ. އެހެން ކަމުން އަސްލު އެމްޑީޕީ އޮތީ އިބޫ ފަހަތުގައި ކަމާމެދަކު ޝައްކެއް ނެތެވެ. 

އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގައި ނޫންކަން ވަރަށް ސާފެވެ. އަސްލު އެމްޑީޕީ އޮތީ އިބޫއާއި އެކުގައިކަން މާބޮޑަށް ވެސް ސާފެވެ. ފާރަވެރި މަޖިލިސް އޭ ކިޔައިގެން ޑިމޮކްރެޓްސްއިން ކެމްޕެއިން ކުރިޔަސް ވާނެ ކަމެއް ހަރާމުން ހަރާމެވެ. ނަޝީދު ފަހަކަށް އައިސް ދެއްކިހާ ވާހަކައަކާއި ކުރިހާ ކަމެއް ވެގެން ގޮސްފައިވަނީ ޖަމަލު ފޮޑިއަށެވެ. 

ފާރަވެރި މަޖިލީހަށްޓަކާ މުއިއްޒުއަށް ސަނާކިޔައިގެންނާއި އޭނައަށް ކުރުނީސްކޮށްގެން ލައްކަ މޮޅުވާނެއެވެ. މުއިއްޒުގެ މޮޅު ވާހަކަ ދައްކައިގެންނާއި މުއިއްޒުގެ ޕްރޮޕަގަންޑާ ހަބަރުތައް ފަތުރާ ދީގެން ލައްކަ މޮޅުވާނެއެވެ. މުއިއްޒު ވިއްކާ ދޮގު ދޮލަނގު ބޮލަށްލައިގެން ހިނގުމުން ލައްކަ މޮޅުވާނެއެވެ. އޭރުން ޑިމޮކްރެޓްސްއަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބޭނެއެވެ.

ވާނީ އެހެންތާއެވެ. ފާރަވެރި މަޖިލިސް ހޯދަން ނިކުތް ދަ ޑިމޮކްރެޓްސް އޮތީ ފުށިދިއްގަރު ސްކޭމް ހިންގިއިރު ހަނެވެ. ޑްރޯން ވައްކަން ކުރިއިރު ނިދާފައެވެ. ތިނަދޫ އެއަޕޯޓު ޕޭޕާ ކުންފުންޏަކަށް ދިންއިރު ކޯމާއެއްގައެވެ. މުއިއްޒުގެ ސިޔާސީ މަގާމުތައް ހާހުން މައްޗަށްދާއިރު ލޯމަރައިގެންނެވެ. ވަޒީފާތަކުން މީހުން ވަކިކުރާއިރު ބަސް ހުއްޓިފައެވެ. ފޭކު ގައުމިއްޔަތެއް ފަތުރަން ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް ބަދަލުކުރާއިރު ވަގިނެތިފައެވެ. ރަށްރަށުގައި ފަށާފައިވާހަ މަސްކަތް ހުއްޓާލާފައި އޮތްކަން ނޭނގޭ ވަރަށް ހިނދުކޮޅުގައެވެ. ދޮގު މައްޗަށް ދޮގު މުއިއްޒު ހަދާއިރު ބީރުވެފައެވެ. އިންޑިޔާ ސިފައިންގެ ބޭލުންގަނޑު ނުފެންނަ ވަރަށް ކުދިކޮކާ ބުރާފައެވެ. މުއިއްޒުގެ ދަށް ގޮހޮރުން ލާފާ ދަ ޑިމޮކްރަޓްސް މި ދަނީ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ނެގުމާ ދިމާލަށެވެ. މަރުހަބާއެވެ. 

]]>
Sun, 14 Apr 2024 16:41:46 +0500 ހީރަސްނިއުސް
ސަރުކާރު މެންބަރުހޮވަން ބަޔަކު ހަންކެނޑޭއިރު އަނެއްބަޔަކު އުދުހެނީ! https://heerasnews.com/2398 https://heerasnews.com/2398 އައު ގާނޫނު އަސާސީގެ ކުރިން މަޖިލީހަކީ ސަރުކާރުން ބޭނުންވާ ކަންކަމަށް ގާނޫނީ ބާރު ހޯދާދީ ސިއްކަ ޖަހާދޭން އޮންނަ ތަނެކެވެ. މެންބަރުން މަޖިލީހަށް ހޮވާދެނީ ފޮތް ލިސްޓާއި ވެލްފެއައިން އެހީ ހޯދާދީ ސަރުކާރު އޮފީހަކުން ކޮށްލަން ޖެހޭ ކަމެއް ކުރުމަށް އެހީތެރިވެ ދިނުމަށެވެ.

ރަށްރަށާއި އަތޮޅުތަކުގައި ތަރައްގީގެ މަޝްރޫއު ހިންގާ ދާއިރާގެ މީހުނަށް ވަޒީފާ ހަމަޖެއްސުން ފަދަ ކަންކަން ކުރުވުމަކީ އޭރަކު މެންބަރުންނާ ބެހޭ ކަމެއް ނޫނެވެ. ގާނޫނު ހެދިޔަސް ނުހެދިޔަސް ވަރިހަމައެވެ.  

އައު ގާނޫނު އަސާސީގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ޕްރޮޖެކްޓް ހިންގާދޭން ހޮވާ މީހެއް ގޮތުގައި ދާއިރާ ރައްޔިތުންނަށް އޮންނަނީ ދައްކާފައެވެ. މެންބަރުގެ ނުފޫޒު ހުންނަ ވަރަކުން ސަރުކާރު ޕްރޮޖެކްޓްތައް ދާއިރަތަކަށް އޮހޭ ގޮތަށް ކަންކަން އޮންނަނީ ބައްޓަންވެފއެވެ. ދާއިރާ މެންބަރަކީ ވެލްފެއަރ އޮފިސަރ ވެސް މެއެވެ. ދާއިރާ މީހެއްގެ ބޮލެއްގައި ރިއްސާލިޔަސް ބަނޑެއް ކައްކާލިޔަސް އެކަމަކާ އުޅެން ހުރި މީހަކީ މެންބަރުކަމަށް އޮންނަނީ ގަބޫލު ކުރުވާފައެވެ.

ސަރުކާރަށް ތާއީދު ކުރިޔަސް ކޮންމެ ކޮންމެ މެންބަރަކަށް ސަރުކާރުތެރޭން ދާއިރާއަކަށް ރައްޔިތުންނަކަށް ކަންކަން ކޮށެއް ނުދެވެއެވެ. ކަންކަން ކުރެވެނީ އެ މެންބަރެއް ނުފޫޒު ސަރުކާރަށް އޮތް ވަރެއްގެ މައްޗަށެވެ. 

ސަރުކާރަށް ތާއީދު ކުރާ މެންބަރު މަޖިލީހަށް ހޮވުމުގައި އެކިދާއިރާއަށް ސަރުކާރުން ކަންކަން ވަނީ އެކިވަރަށެވެ. ފާހަގަ ކޮށްލެވޭ އެއްވެސް ކަމެއް ކެންޕޭނާ ގުޅިގެން ކޮށްނުދޭ އެތައް ދާއިރާއެއް އެބައޮތެވެ. ކޮށްދޭނަން ނިންމާނަން ކިޔައިގެން ބޮލަށް ޗިޕް ޖަހައިގެން ސަރުކާރުން ބޭނުންވާ ކެންޑިޑިޑޭޓުންނަށް ބައެއް ދާއިރާތަކުން ވޯޓު އެބަ ހޯދައެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯމަހުކުރީ އައިނެއް ލައްވާލައިގެން އުޅެނީ ފ. އަތޮޅު ނިލަންދޫ ދާއިރާއަށެވެ. ސިޔާސީ ވަޒީފާތައް ނިލަންދޫ ދާއިރާއަށް އޮހެނީ ކުޅަދާނަ ކެޔޮޅަކު ދަހި އައިނަކުން ކުރުދޮށީގައި މަސް ބާނާހެންނެވެ. ރުފިޔާ ފައިސާ އެނބުރެނީ ބުރޫނާންގައެވެ. އެއަރޕޯޓަށް ދަންދެން ލެއްގީއެވެ.

އަނެއް ބަޔަކު ސަރުކާރު ކެންޑިޑޭޓް ހޮވަން ތެޅިފޮޅެ ހަން ކެނޑެނީއެވެ. ރޯގިލަކަންފުޅެއް ނުވެއެވެ. ސަރުކާރުގެ ކެންޑިޑޭޓަކީ ކާކުކަމެއްވެސް ގިނަ ދާއިރާގައި އެނގޭވަރެއް ނޫނެވެ.

]]>
Sun, 14 Apr 2024 14:29:32 +0500 ހީރަސްނިއުސް
މާލޭ މީހުނަށް މުއިއްޒު ޖެއްސީ މުސީބާތް! https://heerasnews.com/2381 https://heerasnews.com/2381 މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ މާލެ ސިޓީގެ ހަމަޖެހުން ގެއްލުވާލާނެ ކަމުގެ އިންޒާރު ވެސް މުއިއްޒު އެދަނީ ދެމުންނެވެ. މާލޭގެ ހަމަ ޖެހުމާ މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ދިނުމާ ގުޅުވުމަކީ އެކަމުގެ ހެއްކެކެވެ. ވާނީ އެހެންތާއެވެ. ދުނިޔެ ހެއްދެވީއްސުރެ މާލޭގައި ކުރިއްޔާ ކުރިކަމެއް ކުރީ މުއިއްޒު ކަމުގެ ދައުވާ މުއިއްޒު އެދަނީ ކުރަމުންނެވެ. 

މުއިއްޒު ހިތުން އެހެން އެންމެންނަކީ ކަނު މީހުންނެވެ. ބީރު މީހުންނެވެ. މަންމަނުންނެވެ. ބުއްދި ފަސްވެފައި ތިބި ގަމާރުންނެވެ. މުއިއްޒު މާލޭގެ ރައްޔިތުންނަށް ކޮށްދީގެން އުޅެނީ ކޮންކަމެއް ހެއްޔެވެ. މާލޭ ރައްޔިތުންނަށް މުއިއްޒު ހިދުމަތް ކުރިގޮތާއި ރައްޔިތުންނަށް ވީމޮޅުގެ ވާހަކަ ދައްކަލަމާ ހިނގާށެވެ. 

ރައީސް ޔާމީނު ވެރިކަމުގައި ރައީސް ޔާމީނުގެ މަސައްކަތު ސަރުދާރަކަށް މުއިއްޒު ހުރީމާ ރައީސް ޔާމީނު ކުރެއްވިހާ ކަންކަމުގެ މެޑެލިޖަހަން މުއިއްޒު އުޅޭނެކަމެއް ނެތެވެ. މުއިއްޒު ނަގަނަގާފައި ދައްކާނީ ސިނަމާލެ ބްރިޖާއި ރިންގް ރޯޑެވެ. ދަރުމަވަންތަ ހޮސްޕިޓަލާއި ރަސްރަނި ބަގީޗާ (ސަލްޓަންޕާކް)އާއި މާލޭ މައިޒާންތަކެވެ. ހުޅުމާލޭ ދެވަނަ ފޭހާއި ހިޔާ ފްލެޓްތަކެވެ.

ބުނަން ހެއްޔެވެ. އެއިން އެއްވެސް ކަމަކީ މުއިއްޒާ ބެހުމެއް އޮތް ކަންކަމެއް ނޫނެވެ. އެއީ ރައީސް ޔާމީނުގެ ހިދުމަތެވެ. އެމަނިކުފާނުގެ މިންނަތް މަސައްކަތާއި ހިތްވަރެވެ. އެކަންކަމުގައި މުއިއްޒަށް ކްރެޑިޓެއް ދިނުމަށްވުރެ އަދީބަށް އެކަންކަމުގެ ކްރެޑިޓް ދިނުންވެސް މާ ހައްގެވެ. 

ކޮންސްޓްރަކްޝަން މިނިސްޓަރު ކަމުގައި އޭރު މުއިއްޒު ހުރީތީ ބައެއް ކަންކަން އޭނާގެ ސީދާ ބެލުމުގެ ދަށުން ރައީސް ޔާމީނު ކުރުވިއެވެ. އިންޑަސްޓްރިއަލް ޒޯނާއި ރަސްފަންނެވެ. މާލޭ ބޭރު މަގުގައި އަޅަން އުޅުނު ލަގްޒަރީ ޓަވަރުތަކެވެ. ތިންރުއް ޕާކާއި މުއިއްޒު ނެރަކީ ވެސް އެގޮތަށް މުއިއްޒު ލައްވާ ކުރުވި ކަންކަމެވެ. 

އިންޑަސްޓްރިއަލް ޒޯނުގެ އެއްވެސް މަސައްކަތެއް މުއިއްޒަކަށް ނުކުރެވުނެވެ. ރަސްފަންނު ހެދީ އައިވީ ގުޅާފައި އޮތް ބަލި ދަރިއަކަށެވެ. އަބަދާ އަބަދު ކެނޑިނޭޅި ދައުލަތުން ހަރަދުކޮށް ބަލަހައްޓަންޖެހޭ ބަލިމާނަކަށް ރަސްފަންނު އޮތީ ހަދަފައެވެ. މާލޭ ހުޅަނގުކޮޅުގެ ޑްރައިންތައް ބައްދާލާ ވާރޭ ކަންޏެއް ޖަހާލާ އިރަށް ސްވިމިންގ ޕޫލަކަށް މާލެ ބަދަލުކޮށްލި މޮޅު އިންޖިނޭރަކީ މުއިއްޒެވެ. 

މާލޭ ބޭރު މަގުގައި އަޅަން އުޅުނު ލަގްޒަރީ ޓަވަރުތަކުން ކަޓުނަގަން އުޅެން ހަދައިގެން އެކަމެއް މުއިއްޒަކަށް ނުކުރެވުނެވެ. ތިންރުއް ޕާކަކީ ރަސްފަންނަށް ދޫނުކުރާ އަނެއް ބޮލު ރިހުމެވެ. މުއިއްޒު ނެރުވެގެން ދިޔައީ އެތައް ބައެއްގެ މުދަލާ ފުރާނައަށް އޮތް ބޮޑު ނުރައްކަލަކަށެވެ. މުސީބަތަކަށެވެ. މުއިއްޒު ލައްވާ ކުރުވި އެއްވެސް ކަމެއް މުއިޒުނުވާ ގޮތަކަށް މުއިއްޒަކަށް ކުރެވިފައެއް ނެތެވެ. ހިޔާ ފްލެޓްތައް ނިންމުމާއި މީހުން ވެއްދުންވެސް މުއިއްޒާ ހެދި ރައީސް ޔާމީނަށް ވެގެން ދިޔައީ ވެރިކަމުގައި ޖެހުނު ގޮއްރާޅު ގަނޑަކަށެވެ.

ހޮޅި އެޅުމާއި ހޮޅި ވާހަކަ ދެއްކުމާއި ހޮޅިވުން ނޫންކަމެއް މުއިއްޒަކަށް ނޯވެއެވެ. މާލޭ މޭޔަރު ކަމުގައި ކަދުރު ރުއް އެތެރެކޮށް އިންދުމުގައިވެސް މިލިޔަނުން ކުރީ ވައްކަމެވެ. މަގުމަތީ ޕާކިން ސްލޮޓާއި ގަރާޖުސިޓީ ވިއްކައިގެން ފުއްޕުވީ އަމިއްލަ ޖީބެވެ. ތޮއްޖެއްސީ މަގުތަކެވެ.

މަގުބަންދު ބޯޑާއި ހިދުމަތުގެ އަގުންވެސް ކުރީ ވައްކަމެވެ. މިސްކިތް ތަކުގެ ކަރަންޓް ބިލް ނުދެއްކިޔަސް ބާއްވީ ސްޓާފް ނައިޓެވެ. ކަނިވާ ސަރަހައްދުން ބިންތައް ކުއްޔަށް ދީގެން މިލިޔަނުން ޖީބަށް ޖަހާލީ ކަޓެވެ. އާސަހަރާ ހެދުމުގެ ނަމުގައި ބަޔަކަށް ކޮންޓްރެކްޓް ދީގެން އެ މަސައްކަތް ނުކުރުވާ އެތައް މިލިޔަން ރުފިޔާއެއް ކެމްޕޭނު ކުރުމަށް ޖީބަށް ޖަހާލާ ކޮންޓްރެކްޓް ބާތިލުކޮށް ހިންގީ ބޮޑެތި ކޮރަޕްޝަނެވެ. ހިޔާނާތެވެ.

ޕޮރޮގްރަސިވް ކޯލިޝަންގެ ސެނެޓް ގަނެލާ އަދުރޭއަށް މަހު މުސާރައާއި ވިޔަފާރި ސިޓީ ކައުންސިލުން ހޯދާދިނެވެ. ކޮންސަލްޓުންގެ ނަމުގައި އެތައް ބަޔަކަށް މިލިޔަން މިލިޔަން ސިޓީ ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން މުއިއްޒު ފައްކާކުރީ ވެރިކަމަށެވެ.

]]>
Thu, 04 Apr 2024 20:17:05 +0500 ހީރަސްނިއުސް
މުއިއްޒަށް މަޖިލިސް ލިބުނަސް ނުލިބުނަސް ރާއްތެރިކަމެއްނެތް! https://heerasnews.com/2360 https://heerasnews.com/2360 ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު މުއިއްޒަށް ނުލިބިއްޖެނަމަ ގާނޫނީ ހަމަ އަޅުވައިގެން މުއިއްޒު ހިތުހުރިކަމެއް ހިތުހުރި ގޮތަކަށް ނުކުރެވޭނެކަން އެނގެއެވެ. ގާނޫނާއި ހަމަޔަކަކީ މުއިއްޒުގެ ވިދާޅު ބަސްފުޅަށް ހެދޭނީ މުއިއްޒަށް މަޖިލިސް ލިބިގެންނެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު މުއިއްޒަށް ނުލިބޭކަން އެންމެ ބޮޑަށް ގަބޫލު ކުރަނީ މުއިއްޒެވެ. 

ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރައީސުލްޖުމްހޫރިއްޔާ ކުރާހާކަމަކާއި ކުރުވާހާ ކަމެއް ގާނޫނީ ގޮތުން ހަލާލު ކުރުމަށްޓަކާ މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލް މުހިންމެވެ. އެކި ފަހަރު މުއިއްޒާ އަދުރޭ ދައްކާ ވާހަކައިން ރައްޔިތުންގެ މަޖިލީހާއި ހެދި ސަރުކާރުން ބޭނުންހާ ކަމެއް ބޭނުން ވާއިރަށް ބޭނުންހާ ގޮތަކަށް ނުކުރެވިގެން އުޅޭކަން އެނގެއެވެ.

އެކްޕަޔަރ ވަމުން އަންނަ އަންނަ 13 ޕްރޮޑަކްޓެއް އޮބު ނޯންނަވަރު އަގެއްގައި ގަނެގެން ފިހާރައިގެ ހަރުގައި ޖަހާލާފައި ބެހެއްޓުމަކުން މާމޮޅު ވިޔަފާރިވެރިއަކަށް ނުވެވެއެވެ. މުއްދަތު ހަމަވާތީ އެކްސްޕަޔަރވާ މުދާތަކެއް މޮޔައެއްގެ ބޮލުގައި އަޅުވާލާހެން އައު ކަމަޅިމަތީ އެއްޗިއްސެއް ކޮންމެ ކޮންމެ މީހަކަށް ނުގެންދެވޭނެއެވެ. ދައުރު ހަމަވަމުން ދާތީ ލާރިކޮޅެއް ހަދާލި އިތުބާރު ގެއްލިފައި ތިބި ބަޔަކު ގަނެލެވުނަސް މަޖިލީހަށް އަލަށް ހޮވޭ މީހުން ގަނެގެން ގެންގޮސްގެން މަޖިލީހުގެ ކޮންޓްރޯލު ނަގާނަމޭ މުއިއްޒަށް ހީވާ ކަހަލައެވެ.

މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލު ލިބިއްޖެނަމަ މަޖިލިސް ވެގެންދާނީ މުއިއްޒުގެ ރަބަރުތައް ގަނޑަށެވެ. ގާނޫނުން ރައްޔިތުން ބަދެލައިގެން މުއިއްޒުކުރާނީ ކުރާނެ ކަމެކެވެ. އާރެއް ބާރެއް ނެތް އިރުވެސް މުއިއްޒުގެ ކިބައިން އެހުރެ ފެންނަނީ ހުދުމުހުތާރު ކަމާއި ގޮތްދޫނުކުރުމާއި ގަދަކަން ދެއްކުމެވެ.

މުއިއްޒުގެ ކެންޑިޑޭޓާއި ޕާޓީ ކެންޑިޑޭޓް ވަކިން ވާދަކުރަން ނެރެގެން ދާއިރާތައް މުއިއްޒު ރޫލާލަނީ ނޭނގިގެނެއް ނޫނެވެ. ޕީޕީއެމް ޕީއެންސީގެ ތެރެއިން ރައީސް ޔާމީނުގެ ވަފާތެރިން ތަކެއް ހޮވެދާނެތީއެވެ. ރައީސް ޔާމީނަށް ވަފާތެރިއަކު މަޖިލީހަށް ހޮވުމަށްވުރެ މަޖިލީހުގައި މުއިއްޒުގެ މެންބަރަކު ނެތުން ވެސް މުއިއްޒު މާ ހިތްހަމަ ޖެހެއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ހޯދުމަށް ގިނަގުނަ މަސައްކަތް ކުރަމުން ދިޔަސް މަޖިލީހުގެ ކޮންޓްރޯލް މުއިއްޒަށް ލިބޭތަނެއް ނުފެނެއެވެ. އެހެން ކަމުން އެންޓި ޑިފެކްޝަން (ޕާޓީ ބަދަލު ނުކުރެވޭ) ގާނޫނަކާއެކު އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯ ލިބިއްޖެނަމަ ކަންކަން އާހިރަށް އަރާނެއެވެ. 

މިނިވަން މުއައްސަސާތައް ކުޑަކަކޫ ޖައްސާ ފަނޑިޔާރުން ހުރަގެއަށް ލާނެއެވެ. ނޫސްވެރިކަމުގައި ތަޅުއަޅުވާ ހިޔާލު ފަޅުކުރާ އަނގަތަކުގައި މަލަން އަޅާނެއެވެ. ވާދަވެރި ސިޔާސީ ލީޑަރުން ޖަލަށްލާ އިދިކޮޅު ސިޔާސީ ޕާޓީތައް ބޭން ކުރާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލާ ގާނޫނު އަސާސީ ކިހިލި ޖަހާލާނެއެވެ. މުއިއްޒުގެ ގޮށްމުށުގެ ވެރިކަން ހިންގާ ދޭނީ ސިފައިންނާއި ފުލުހްނެވެ. 

ހަމަތެދެކެވެ. ޑޮކްޓަރ މުއިއްޒު ސިފައިން ރުއްސާ ބާރުބެރި ކުރުވަން އެއުޅެނިއްޔަކީ ގައުމީ ސަލާމާތާ ރައްކާތެރި ކަމަށްޓަކައެއް ނޫނެވެ. ސިފައިންނަށް ތިމާގެ ހެޔޮކަމާއި މުގައްދަސްކަން ދައްކައިގެން ސިފައިންގެ ބާރުން ބާރު ހޯދައިގެން ގައުމު މުއިއްޒަށް އަޅުވެތިކުރާށެވެ.

]]>
Thu, 28 Mar 2024 19:10:55 +0500 ހީރަސްނިއުސް
ކޫކު މޫނުގައި ރައީސް އަޅާލީ ތަފާލެއް! https://heerasnews.com/2353 https://heerasnews.com/2353 މައްޗަށްގޮޅި މެދު ދައިރާއަށް ޕީއެންސީގެ ޓިކެޓް ލިބުނީ މުހައްމަދު އަބްދުލްގާދިރު (ކޫކު) އަށެވެ. އެހެން ނަމަވެސް 174 ވޯޓު ލިބުނު ކޫކާ ވާދަކޮށްގެން ޕްރައިމަރީގައި ބަލިވި ކައުންސިލަރ ޒަމީރަށް ރައީސް މުއިއްޒު ތާއީދު ކުރިކުރުމަކީ ސިޔާސީ ގޮތުން މުއިއްޒު އެޅި ޅައެއްޗެކެވެ. ޕްރައިމަރީގައި 127 ވޯޓް ލިބުނު އަހުމަދު ޒަމީރަކީ، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރެވެ.   

ރައީސް މުއިއްޒު މާލޭގެ މޭޔަރުގެ މަގާމު އަދާކުރެއްވި ދުވަސްވަރު ސިޓީ ކައުންސިލުގައި މަސައްކަތް ކުރުމުން މުއިއްޒާ ޒަމީރުގެ އޮތް ގާތްކަމަކީ ސަރުކާރަށާއި ޕީއެންސީއަށް އޮތް ކިތަންމެ ބޮޑު ގެއްލުމަކަށް ވިޔަސް ފަރުވާލެއް ނެތީތާއެވެ. އެމްޑީޕީގެ ޓިކެޓްގައި ސިޓީ ކައުންސިލަށް އިންތިހާބު ވެގެން ޕާޓީ ބަދަލުކޮށްގެން އުޅޭ ޒަމީރާއި މުއިއްޒަކީ ދުލި ބަދަލު ކުރުމުގައި އެއްގަލުން ފެހިކާ ދެލަނޑައެވެ.

އިންތިހާބު ވުމަށްފަހު މަގާމަށް އިންތިހާބު ކޮށްދޭ އާއްމުން މެންބަރުންގެ އިހުސާސަށް ނުބެލުމުގައި މުއިއްޒާއި ޒަމީރަކީ ލާމަސީލު ބައެކެވެ. އެންމެ މަޖާކަމަކީ މުއިއްޒު ސޮއިކޮށް ކުކޫއަށް ޕާޓީގެ ޓިކެޓް ދީފައި ނިކުމެ "ޕްރައިމަރީން ބަލިވި ބަލި ބުޅާގަނޑެއް" ގެ އަތުގައި މުއިއްޒު ހިފުމެވެ. މަޖިލީހުގެ މެޖޯރިޓީ ހޯދަން އުޅޭ ރައީސަކު މިފާޑަށް އުޅޭތީ ފެންނަ މިއީ ފުރަތަމަ ފަހަރެވެ. ޕާޓީ ޓިކެޓް ދޭ މީހާއާއި ރައީސް ތާއީދުކޮށް މަސައްކަތްކުރާ މީހާ ތަފާތުވުމަށް ވުރެ ބޮޑު އަރަތެއް ނެތެވެ. 

ދާއިރާގައި ކޫކުއަށް އޮތް ބޮޑު ތާއީދަށް އިހުތިރާމް ނުކޮށް ޒަމީރަށް މުއިއްޒު ތާއީދު ކުރުމަކީ އެމްޑީޕީއަށް ދާއިރާގެ ގޮނޑި ހަދިޔާ ކުރުމެވެ. ރައީސް މުއިއްޒުގެ ނަގާބިލުކަމާއި މީހުންގެ ދަށުވެފައި ހުރިވަރުން ސިޔާސީ ގޮތުން މުއިއްޒަށް ކޮޅުކެހި ލިބުންނޫން ކަމެއްނުވެއެވެ. 

ޕާޓީ ޓިކެޓާ ދެކޮޅަށް މީހުން ނެރެގެން މުއިއްޒު އުޅެނީ އެއް ދިމާލެއް ދެ ދިމާލަކަށް ނޫނެވެ. ޕީއެންސީގެ ކެންޑިޑޭޓަކު ހުރި ނަމަވެސް އެހެން ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ސަރުކާރުގެ އިސް ވެރިން ބައިވެރިވަމުން އެބަދެއެވެ. އެމީހުން ބުނާ ގޮތުން، ރައީސް މުއިއްޒުގެ ތާއީދު އޮތް ކެންޑިޑޭޓުންނަކީ އެއީއެވެ. ޒަމީރު ގޮތަށް ޕްރައިމަރީން ބަލިވި އެތައް ކެންޑިޑޭޓުންނަށް މުއިއްޒު ތާއީދު އެބަކުރެއެވެ. ހޮވަން ކެންޕޭނު އެބަ ކޮށްދެއެވެ.

ހުރާ ދާއިރާއިން ޕްރައިމަރީގާ ބަލިވި އަނާރާ ނައީމާއި ވިލިނގިލި ދާއިރާގެ ޕްރައިމަރީން ބަލިވި އާޒިމް އަބްދުލްއަޒީޒާއި ކުޅުދުއްފުށި ދެކުނު ދާއިރާއިން ބަލިވި އައިމަން މުހައްމަދަކީ ސަރުކާރު ކެންޑީޑޭޓް ކަމަށް ބުނެ ދަނީ މުއިއްޒު ކެންޕޭން ކޮށްދެމުންނެވެ. 

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުއްލާ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒު އަމިއްލަ ގޮތުން ވާދަކުރާއިރު އޭނާއަށް ކެމްޕެއިނުކޮށްދެނީ ސަރުކާރުގެ އިސް ވެރިންނެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވީވެސް ކެންޑިޑޭޓެއް ނޫނެވެ. އެމްޑީޕީގައި ތިއްބާ މުއިއްޒު ގަނެގެން ގެންދިޔަ ދެ މެންބަރަކު ވެސް މުއިއްޒުގެ ކެންޑިޑޭޓުންގެ ގޮތުގައި ސަރުކާރުން ކެމްޕެއިން ކޮށްދެމުން އެބަދެއެވެ. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީއެވެ. އެ ދެ ދާއިރާގައި މުއިއްޒުގެ ކެންޑިޑޭޓުންގެ ގޮތުގައި އެމީހުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން ނެރެފައި ތިއްބައެވެ.

]]>
Mon, 25 Mar 2024 20:56:24 +0500 ހީރަސްނިއުސް
އުރުދުގާނު ހެދިގެން ވާދަވެރިންނާ ނުރުހޭ ސިފައިންނަށް ޖަލުގޮޅި! https://heerasnews.com/2334 https://heerasnews.com/2334 ރާއްޖެ މިޖެހެލީ ހާދަކުރިއަކަށެވެ. ފާއިތުވެ ދިޔަ ހުކުރު ދުވަހުގެ ރޭ އެމެރިކާއާއި ރަޝިޔާ ވެސް ސިއްސުވާލައިފިއެވެ. ދުނިޔޭގެ ވައިގެ ބާރަކަށް ރާއްޖެ ބަދަލު ކޮށްލީއެވެ. މިހާރަކު ދެން ރާއްޖެއާ ސަމާސާއެއް ނުކުރެވޭނެއެވެ. 

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެގެން މަސް އޮޑި ފަހަރަކަށް އިންޑިއާ ސިފައިންނަކަށް ދެނެއް ނޭރޭނެއެވެ. ކަނޑުކަހާ ބޯޓު ފަހަރަކަށް ރާއްޖޭގެ ސަރަހައްދުގައި ދައުއަޅައިގެން މަހެއް ދެން ނުނެގޭނެއެވެ. ލަންކާ އިންޑިއާގެ މަސްވެރިންނަށް ރިފި ރާގޮނޑިއެއްހާ މިންވަރުވެސް ރާއްޖޭގެ ސަރަހައްދަކުން ދެން ނުގެންދެވޭނެއެވެ. ކަނޑުފޭރޭ ބަޔަކަށް ރާއްޖެއާ ކުޑަބޭރުވެސް ނޭރޭނެއެވެ. ވަގު ހަތިޔާރާއި ތެލުގެ ވައްކަން ކުރާކަށް ރާއްޖޭގެ ކަނޑުގެ ތެރޭގައި ދެން ލާހިކެއް ނޫނެވެ. މަސްތުވާ ތަކެތި އެތެރެވުމާ ބޭރުވުން އެކީއެކައްޗަކަށް ބަންދުވީއެވެ. 

2000 އަހަރަށް ވުރެ ގިނަ ދުވަސްވީ ދިވެހި ރާއްޖެ ދިވެހިންގެ ރާއްޖެއަކަށް މިވީ އަދިކިރިޔާއެވެ. ސިޔާދަތުގެ ރަތް ރޮނގު ކަނޑު އަޑިން ފެށިގެން ހަތްއުޑުގެ މައްޗަށް ދާންދެން ވަށައިގެން ދަމާ ލެވުނީ އަދިކިރިޔާއެވެ. ތުރުކީން ގެނައި ބޭރަކްތާރު ދެ ޑްރޯނުން ދުނިޔެ ސިއްސުވާލާވަރުގެ ވައިގެ ފައުޖެއް ރާއްޖޭގައި އުފެދުނީއެވެ. 

އިންޑިއާ އަކަށް ދެން ވައްވަކެއް ނުޖެއްސޭނެއެވެ. ރާއްޖޭގެ ކުރި މަތީގައި ޖެހޭނީ ސައިޒުވާށެވެ. ރާއްޖޭގައި މިހާރު ހުރިއްޔަކީ ތަސައްވުރެއް އަމާޒެއް ނެތް ވެރިއެއް ނޫނެވެ. ކަންކަން ކުރެވޭނީ ވިސްނުމެއް ހުރެގެންނެވެ. އިންޑިއާ ސިފައިން ބާލާ ނިމިއްޖެއެވެ. ދިވެހިންގެރާއްޖޭގައި އަންޑަވޯޓަރ ޓަނަލެއް ކަނޑު އަޑީގައި އަޅާ ނިންމާލިތާ މަހެއް އަދި ނުވެއެވެ. ދެ ޑްރޯނުން ދުނިޔެ ސިހޭވަރުގެ ވަރުގަދަ އެއަރފޯހެއް އުފެއްދުނީއެވެ. ސެޓެލައިޓާއި ނިއުކުލިއަރ ހަކަތަ އުފައްދަންވެސް ލަހެއްނުވެ ދިވެހިންގެ ރާއްޖޭން ފަށާނެއެވެ.

ސަހަރޯއެވެ. ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ. ދިވެހީންގެ ރައީސް އުރުދުގާނު ހެދިގެން ކުރަން މިއުޅެނިއްޔަކީ ސަހަލު ކަމެއް ނޫނެވެ. ސިފައިން ހައްދައިގެން ސިފައިން ބާރުވެރިވެރިކުރާ ކަމަށް ދައްކައިގެން ކުރަން އެއުޅެނިއްޔަކީ ސަމާސާ ކަމެއް ނޫނެވެ. އުރުދުގާނު ދިޔަމަގުން ގޮސް ގައުމު ކިހިލި ޖަހާލަން މުއިއްޒު ކުރާ މަސައްކަތާ މެދު ފިސާރި ރަނގަޅަށް ލޯހުޅުވައިގެން ފަރުވާތެރި ވާން ޖެހެއެވެ. 

2016 ވަނަ އަހަރު ހަނދާނަށް ގެންނާށެވެ. ބަގާވާތެއް ކުރިކަމުގެ ތުހުމަތުގައި ސިފައިންނެރެ އެތައް ހާސް ބަޔަކު ތުރުކީން މަރާލީ ކާކު ކީއްވެގެންކަން އޮޅިފައެއް ނުއޮންނާނެއެވެ. ސިފައިންގެ އެތައް ޖެނެރަލުންނާއި އިލްމުވެރިންނާ ސިޔާސީ ލީޑަރުންނާއި އާއްމުންގެ އެތައް ބަޔަކު ތާޅާ ރޯނާގަންނަވާލި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ތުރުކީގެ އެތައް ހާސްބަޔަކު ގައުމު ދޫކޮށް ދާން ޖެހުނީ ކާކު ބާރާއާރު ހޯދަން ވެގެންކަން އެނގޭ ނޫން ހެއްޔެވެ.

ޑރ. މުއިއްޒުގެ ނަމޫނާ ލީޑަރަކީ އުރުދުގާނެވެ. މުއިއްޒުގެ ހުރިހާ ކަމެއް ބައްޓަންކޮށް ތަރުތީބު ކުރަމުން އެގެންދަނީ އުރުދުގާނު ދިޔަމަގުން ދިޔުމަށެވެ. ދިވެހިރާއްޖެ ކިހިލި ޖަހާލުމަށެވެ. ދެވަނަ އުރުދުގާނަށް ވުމަށެވެ. ސިފައިން ހައްދައިގެން އެވަރެއް ނެތްކަމަށް ދައްކައިގެން ކުރަން އެއުޅެނީ އެކަމެވެ. ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ނަތީޖާ އަންނަ ގޮތަކުން މުއިއްޒުގެ ހަގީގީ ސިފަ ފާޅުވާނެއެވެ.   

]]>
Sun, 17 Mar 2024 20:21:16 +0500 ހީރަސްނިއުސް
ސަނީފަށްވުރެ ކުރީން އެމްޑީޕީ ދަންނަނީ ޒިފްލީނާ! https://heerasnews.com/2322 https://heerasnews.com/2322 ކިތަންމެ ގިނަ ދުވަހު ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރިޔަސް ކުރިއަށް އޮތް ދައުރަށް ވާދަކުރަން އެ މެންބަރަކަށް ޕާޓީގެ ޓިކެޓް ނުލިބިދާނެއެވެ. ދާއިރާއެއްގެ ޓިކެޓް ޕާޓީއަކުން މީހަކަށް ނުލިބޭނީ ޕާޓީގައި އެ މީހެއްގެ މަގުބޫލުކަން ކުޑަވީމައެވެ. ޕާޓީއަކުން ޕްރައިމަރީއަކާ ނުލާ ޓިކެޓެއް ދޭނީ އެ ޓިކެޓެއްގައި ނިކުމެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރާނެކަން ޔަގީންވާ މީހަކަށެވެ. އެހެން ނޫނީ ވާދަ ކުރާނެ އެހެން މީހަކު ނެތުމުން ޕާޓީގެ ޓިކެޓް މީހުނަށް ދީފައި ހުރެއެވެ. 

މެންބަރު ކަމަކީ މަޖިލިހުގެ ތަޅުމުގެ ނަހަމަ ބޭނުން ކޮށްގެން ހިނގަމުންދާ ދައުރުގައި މެންބަރުކަން ކުރާ މީހަކަށް ދާއިރާގެ ޓިކެޓް ނުލިބުމުން އެހެން ކެންޑިޑޭޓުން ބަދުނާމް ކުރަން ދީފައި އޮންނަ ލައިސަނެއް ނޫނެވެ. ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ވަދެހުރުމަކީ ތިމާ ނިސްބަތްވާ ޕާޓީ ބަދުނާމު ކުރަން ދީފައި އޮތް ފުރުސަތެއް ނޫނެވެ. މެންބަރު ކަމަކި ވަގުތުން ރައްދުދީ ޖަވާބުދާރީ ނުވެވޭ ހާލަތު ތިބޭ މީހުންގެ އަބުރު ކަތިލުމުގެ ތަޅުދަނޑިއެއްވެސް ނޫނެވެ. 

ތިނަދޫ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުއްލާ ސަނީފު ކުރިއަށް އޮތް ދައުރަށް އިންތިހާބު ވުމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓް ނުލިބުމަކީ އެމްޑީޕީގެ ރައީސްގެ މައްސަލައެއް ނޫނެވެ. އެމްޑީޕީގެ މައްސަލައެއް ވެސް ނޫނެވެ. ތިނަދޫ ދެކުނު ދާއިރާގެ މައްސަލައެއްވެސް ނޫނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރުމަށް ޒިފްލީނާ ހަސަނަށް ޓިކެޓް ލިބިވަޑައިގަތީ އެމްޑީޕީގެ ރައީސް ކަމުގައި އޮނަރަބަލް އަބްދުއްލާ ޝާހިދު ހުންނަވަނިކޮށެއް ނޫނެވެ. ޝާހިދުގެ އަނބިކަބަލަކަށް ޒިފްލީނާ ވިޔަސް ނުވިޔަސް އެއްޔަކީ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމަށް ޒިފްލީނާ ހަސަނަށް އެމްޑީޕީ ޓިކެޓް ނުލިބޭންވީ ސަބަބެއް ނޫނެވެ. 

ޒިފްލީނާއަކީ ސަނީފަށްވުރެ އެމްޑީޕީއަށް ދޮށި އެމްޑީޕީ މާބޮޑަށް ދަންނަ ބޭފުޅެކެވެ. ސަނީފަށްވުރެ ކުރީން އެމްޑީޕީ ދަންނަނީ ޒިފްލީނާއެވެ. ޒިފްލީނަކީ އެތައް ދުވަހެއް ވާންދެން އެމްޑީޕީގެ ދާއިރާ ރައީސް ކަންކުރައްވާ އެތައް ގިނަ ހިދުމަތެއް ފާޅުކަން ބޮޑުކޮށް ކުރައްވަފައިވާ އަދި ކުރައްވަމުން ގެންދަވާ ހީވާގި ކަނބަލެކެވެ. ޒިފްލީނާއަކީ ވަކި ބޭފުޅެއްގެ މޯހިރުން އެމްޑީޕީގެ ޓިކެޓެއް ހޯއްދަވަން ޖެހިވަޑައިގަންނަވާ ވަރަށްވުރެ އެމްޑީޕީ ފަރިތަފުޅު ބޭފުޅެކެވެ.

"މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު މެންބަރު ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އަޅުގަނޑާއި ގުޅުމެއްވާކަމަށް ވިދާޅުވެދެއްކެވި ވާހަކައަކީ ދޮގުވާހަކަތަކެކެވެ. މަޖިލީހުގެ އިމްތިޔާޒިް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްަޓެހިކަމެކެވެ. ފިނޑިކަމެކެވެ." އަބްދުއްލާ ޝަހިދު 

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަން ކެރިވަޑައިނުގެން ހުންނަވައިގެން ސަނީފެއް ކަމަކު މީސްމީހުންގެ އަބުރު ކަތިލެއްވުމަށް ސާބިތު ނުހިފޭ ވާހަކަ ނުދައްކަވާށެވެ. އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދަކީ ވިދާޅުވަން ބޭނުންފުޅުވާ ވާހަކަފުޅެއް ވިދާޅުވާން ޖެހެލުންވެ ވަޑައިގަންނަވާނެ ބޭފުޅެއްނޫނެވެ. ދެއްވަން ބޭނުން މެސެޖެއް ދެއްވަން އެނގިވަޑައި ނުގެން އަނގައޮޅޭ ބޭފުޅެއް ނޫނެވެ.  ހަރަދު ކުރައްވައިގެން ވަގު ސައިޓްތައް ހިންގަވާ ވަރަށް ކެރިވަޑައި ނުގަންނަވާ ސިޔާސީ ގޮތުން ފިނޑި ބޭފުޅެއް ނޫނެވެ.

މެންބަރު ސަނީފަށް އެމްޑީޕީ ޓިކެޓް ނުލިބުމަކީ ބަޔަކު ކުރާހާ ކަންކަން ބެހުމެއްނެތް މީހުންގެ ބޮލުގައި އަޅުވަންޖެހޭ ސަބަބެއްނޫނެވެ. އެމްޑީޕީގެ މަޖިލިސް މެންބަރަކަށް ހުރުމަކީ ސަނީފަށް ޝާހިދު ކުރެއްވި ކަމަކާއި ކުރައްވާހާ ކަމެއް އެނގެންޖެހޭ ސަބަބެއް ނޫނެވެ. ސަނީފު ބުންޏަސް ތެދެއް ދޮގަކަށް ނުވާނެއެވެ. ތެދު ދޮގު ކަނޑައަޅާނީ ސަނީފެއް ނޫނެވެ.

ކިތަންމެ ކެތް ނުކުރެވުނަސް ނެރޭ ބަޔަކު ދިޔަވަރުވެސް ނެރޭނެއެވެ. އަބްދުއްލާ ޝާހިދު އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާނެއެވެ. ޒިފްލީނާ ތިނަދޫ ދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަވެސް ކުރައްވާނެއެވެ. އެހެނެއް ކަމަކު މަޖިލީހުގެ ތަޅުމުގައި ކޮންމެ ވާހަކައެއް ދެއްކެވިޔަސް ސަނީފަކަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓެއް ނުލިބޭނެއެވެ.     

]]>
Wed, 13 Mar 2024 18:19:10 +0500 ހީރަސްނިއުސް
ހަރަކާތް ނުކުރެވޭ ވަރަށް ސަރުކާރު ބަނދެވިގެން ނުވާނެ! https://heerasnews.com/2310 https://heerasnews.com/2310 ދައުލަތް ހިންގުމުގެ އެންމެހާ ކަންކަމަށް ހަރަދު ކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަކުންނެވެ. ހެޔޮ އެދޭ ފަރާތަކުން ވެސް ހިލޭ އެހީއެއް ހޯދިޔަސް ހޯދަނީ ބަޖެޓްގައި ލިބޭނެކަމަށް ބަލާ ކަޑައެޅިފައިވާ އޮންނަ ގޮތަކަށެވެ. ތާކުން ލޯނެއް ދިނަސް ހިލޭ އެހީއެއް ދިނަސް އެކަމެއް ބަޖެޓްގައި ތަސައްވަރު ކުރެވިފައި އޮންނާނެއެވެ. ހިލޭއެހީއާއި ލޯނު ހޯދަން ޖެހޭނީ ބަޖެޓް ކުރެވިފައި ހުންނަ ކަންކަމަށެވެ.

ދައުލަތުގެ ކަންކަން އެއިރަކު އޮތް ސަރުކާރަކުން ބޭނުންހާ ގޮތަކަށް ކުރެވިގެން ނުވާނެއެވެ. އަމްދުން ސަރުކާރަކުން ކުރާކަމެއްގެ ތަކުލީފު އަންނަ އޮތް ސަރުކާރުތަކާއި ދައުލަތަށް އުފުލަންޖެހޭ ފަދަ އެއްވެސް ކަމެއް މަޖިލީހުގެ ރުހުންނެތި ކުރެވިގެން ނުވާނެއެވެ. ތިމާމެން ކުރާ ކަމެއްގެ ހަރަދަށް އެހެން ބަޔަކު ޒިންމާ ވާންޖެހޭ ގޮތަށް އޮތް އެއްވެސް ކަމެއް ކުރެވެންވާނީ މަޖިލީހުން ފާސްކޮށްގެންނެވެ.   

ބަޖެޓްގައި ހިމެނިފައި ނެތް އެއްވެސް ކަމަކަށް ދައުލަތް ޒިންމާވާ ގޮތަށް އެހީއެއް ވިޔަސް ލޯނެއް ވިޔަސް ހޯދަން ވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. ބޭރުގައުމަކަށް ސަފީރަކު ކަނޑައެޅިޔަސް މަޖިލީހުގެ ރުހުން ހޯދަންޖެއެވެ. އެހެން ކަމަށްވާނަމަ ޒަމާން ތަކަކަށް ދައުލަތް ޒިންމާވާ ގޮތަށް ހިލޭ އެހިތަކާއި ލޯނުތައް ހޯދުމާއި އެމައްޗަށް ދައުލަތް ޒިންމާވާ ބޮޑެތި ބޮޑެތި އެއްބަސްވުންތައް ބޭރުގެ ފަރާތްތަކާއެކު ވާންވާނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. 

ކުރީ ސަރުކާރުން އެވެނި ކަމެއްކޮށް، މިވެނި އެއްބަސްވުމެއް ހަދައިގެން ދައުލަތް އިނދަ ޖައްސާލި ވާހަކައާއި އަޅުވެތި ކޮށްފައިވާ ކަމަށް ފަހުން އަންނަ ސަރުކާރު ތަކުން އަބަދުވެސް ކިޔައެވެ. އެހެން ކިޔަން ފުރުސަތު އޮންނަނީ އެއިރަކު އޮންނަ ސަރުކާރަކަށް އެފަދަ ކަންކަން ކުރުމަށް ތަންމިނަށް އިހުތިޔާރު ލިބިފައި އޮންނާތީއެވެ. މުޅި މުސްތަގުބަލުގެ ދިޔަ އެއްފަހަރާ ފެލާލައިގެން ބުއިމުގެ ފުރުސަތު އެއިރަކު އޮންނަ ސަރުކާރަކަށް ދެވިފައި އޮވެގެން ނުވާނެއެވެ. އެހެނެއް ކަމަކު އަތްފައި ހަރަކާތް ނުކުރެވޭ ވަރަށް ސަރުކާރެއް ބަނދެލެވިފައި އޮވެގެންވެސް ނުވާނެއެވެ.

ދޭދޭ ގައުމުތަކާއެކު ވެވޭ ކޮންމެ އެއްބަސް ވުމަކީ އެކަމުގެ ނަތީޖާ ޒަމާން ތަކަށް ދެމިގެންދާނެ ކަމެއް ނަމަ އެފަދަ ކޮންމެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ކުރުމުގެ ކުރިން ނުވަތަ އެހީއެއް ހޯދުމުގެ ކުރިން އެކަމުގެ ނަތީޖާއާއި މެދު ވިސްނާ ބަހުސްކޮށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ. ސަރުކާރުތަކަށް ވެސް އެކަމުން ލިބެނީ ރައްކާތެރި ކަމެވެ. ސާބިތު ކަމެވެ. ސަރުކާރުތައް ބަދަލުވާނެއެވެ. ވެވޭ އެއްބަސްވުންތަކާއި ދައުލަތް ދެމި އޮންނާނެއެވެ. 

ބަޖެޓްގައި ތަސައްވަރު ނުކުރާކަމެއް އެއްބަސް ވުމެއްގެ ދަށުން ދައުލަތް ޒިންމާވާ ގޮތަކަށް ސަރުކާރަކުްނ ކުރެވިގެން ނުވާނެއެވެ. ދައުލަތަކީ އެއިރަކު އޮންނަ ސަރުކާރު އެކަންޏެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް ރައީސަށް ދައުލަތް ހިންގުމުގެ ބާރު ލިބެނީ ގާނޫނުން ބާރު ލިބިދޭ މިންވަރަކަށެވެ. ގާނޫނި ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުމާއި ބަޖެޓް ކަނޑައެޅުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުމަކީ ސަރުކާރުން ކަމެއް ކުރުމުން އެކަމެއް ކުރިގޮތް ބެލުން އެކަންޏެއް ނޫނެވެ. ޖަވާބުދާރީ ކުރުވުމަކީ ސަރުކާރުން ކުރަން އުޅޭ ކޮންމެ ކަމެއް ހުއްޓުވުމެއް ވެސް ނޫނެވެ. ކަމެއް ކުރުމުގެ ކުރިން އެކަމެއްގެ ނަތީޖާ ވަޒަންކޮށް ސަރުކާރުން ކުރާކަންކަން ދައުލަތަށް އެންމެ މަންފާހުރި ގޮތަށް ކުރުވުމަކީ މަޖިލިހަށް އޮންނަ އެންމެ ބޮޑު އެއް ޒިންމާއެވެ. ހަގީގީ ޖަވާބުދާރީ ކުރުވުމަކީ އެއީއެވެ.

]]>
Fri, 08 Mar 2024 16:27:57 +0500 ހީރަސްނިއުސް
ބަޖެޓްގައި ނެތް ޑްރޯން އޮޕަރޭޝަނަކީ ޖަރީމާއެއް! https://heerasnews.com/2309 https://heerasnews.com/2309 އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ފާރަވެރިވުމަށާއި ރެސްކިއު އޮޕަރޭޝަންތަކަށް އިންޑިއާ އަސްކަރިއްޔާގެ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓެއް ރާއްޖޭގައި ބާއްވައިގެން އުޅުނީ އިންޑިއާ ސަރުކަރާއި ރާއްޖޭގައި އޮތް ކުރީގެ ސަރުކަރުތަކަކާއި ވެވިފައިވާ އެއްބަސް ވުންތަކެއް ދަށުންނެވެ. އަސްކަރީ އެ އުޅަނދުތައް ދުއްވާ ބެލެހެއްޓުމަށް ތިބި އިންޑިއާ ސިފައިން ތިބީވެސް އެއްބަސް ވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރަކަށް އެކަމެއް ކަމަކު ނުދިޔައެވެ. އެކަމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެގެން އިންޑިއާ ސިފައިން ފޮނުވާލަނީއެވެ. 

ގައުމެއްގެ ނިސްބަތުގައި މި ސަރުކާރުން ކުރާން މިއުޅެނީ ކިހާ ހުތުރު މުޑުދާރު ކަމެއް ހެއްޔެވެ. ދެ ގައުމުގެ ދެމެދު ވެވޭ އެއްބަސްވުމަށް އިހުތިރާމް ނުކުރާ ގައުމެއް ކަމުގެ ލޭބަލް ރާއްޖޭގައި ޖެހުނީއެވެ. ޖީއެމްއާރު މައްސަލައާއި ހައިޑްރޯގްރަފީ އެއްބަސްވުމާއި ސަރަހައްދު ބެލެހެއްޓުމުގެ އެއްބަސްވުމަށް ރާއްޖޭން އިހުތިރާމެއް ނުކުރިއެވެ. އެހެންކަމުން ރާއްޖެ ވެގެން ގޮސް ދުނިޔޭގެ އެހެން ގައުމުތަކުގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ ގައުމަކަށެވެ. ނަތީޖާއަކީ އިންވެސްޓަރުންގެ ވެސް އިތުބާރު ރާއްޖެއަށް ގެއްލުމެވެ. 

ރާއްޖޭގެ ކަންކަން މިހާލަތަށް ދަނީ އެއިރަކު އޮންނަ ސަރުކާރަކުން ވިސްނާނުލާ ކުރާ ކަންކަމުގެ ސަބަބުންނެވެ. ބަޔަކާ އެކު ކަމަކަށް އެއްބަސްވާއިރު ފަހުން ނިކުމެދާނެ މައްސަލައަކަށް ރިއާޔަތް ކުރުމެއް ނެތީމައެވެ. ޒަމާން ތަކަށް ދައުލަތް ޒިންމާވާންޖެހޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދާތީއެވެ.  

އަނެއް ކޮޅުން ރާއްޖޭގެ ސަލާމަތާ ގުޅުން ހުރި ބޮޑު ނިންމުމެއް މުއިއްޒު ސަރުކާރުން އެނިންމާލީ ރައްޔިތުންގެ މަޖިލީހަށް ދޮންކަޅު އަންގާ ނުލައެވެ. ދައުލަތުގެ ބަޖެޓް ތަސައްވަރުކޮށްފައި ނުވާ ބޮޑު ކަމެއް ކޮށްނީންމާލަނީއެވެ. ސަރަހައްދު ބަލަހައްޓަން 6 ޑްރޯން ރާއްޖެއަށް ގެނައުމަކީ ކުޑަކަމެއް ނޫނެވެ. ކޮންމެ ޑްރޯނެއްގެ އަގަކީ 5 މިލިޔަން ޔޫއެސް ޑޮލަރެވެ. 6 ޑްރޯނަކީ 30 މިލިޔަން ޑޮލަރެވެ. މިވަރުގެ ކަމެއް ދައުލަތުން ފައިސާ ހަރަދު ކުރުމަށް ބަޖެޓް ކޮށްފައެއް ނެތެވެ. ހިލޭ އެހީއެއްގެ ގޮތުގައިވިޔަސް ލޯނެއްގެ ގޮތުގައިވިޔަސް ކުރާކަށް ބަޖެޓްގައި ކަނޑައެޅިފައެއް ނެތެވެ. 

ރާއްޖޭގައި ދައުލަތް ޒިންމާވާ ގޮތަށް ޑްރޯން އޮޕަރޭޝަން ހިންގަނީ ކިހިނެތް ކޮންބައެއް ކަމެއް ނޭނގެއެވެ. އެކަމާގުޅޭ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހަކަށް ނުދެއެވެ. މަޖިލީހުގެ ރުހުމެއް ނުހޯދައެވެ. އެކަމުގައި ދައުލަތުން އުފުލަން ޖެހޭނީ ކޮން ޒިމާއެއް ކިހާ ވަރަކަށް، ކިހާ ދުވަހަކަށް ކަމެއް ރައްޔިތުން މަޖިލީހަކަށް ނާންގައެވެ. ދުވަސް ކޮޅަކުން ޑްރޯން އުދުއްސުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށްވެގެން މިނިވަންކަން ގެއްލޭތީ ބަޔަކު ނޫޅެނެ ކަމެއް ނޭނގެއެވެ. ދައުލަތުން އުފުލަންޖެހޭ ހައްދެއްނެތް މަލީ ބުރައަކަށް ޑްރޯން އުދުއްސުން ނުވާނެ ކަމެއްވެސް ނޭގެއެވެ. 

މަޖިލީހުން ރުހުން ނުހޯދާ ކަންކަން ކުއްލި ކުއްލިއަށް ސަރުކާރު ތަކުން ކުރުމުން އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުންތައް ދައުލަތަށް ދަނީ ލިބެމުންނެވެ. އަސްކަރީ 6 ޑްރޯނަކީ ސަމާސާ އެއްޗެއް ނޫނެވެ. ރެއާއި ދުވާލު ޑްރޯން އޮޕަރޭޝަން ހިންގުމުގެ މާލީ ގާބިލުކަން ދައުލަތަށް ލިބިފައި ވޭބާއެވެ. ގައުމުގައި ނެތް ފުދުންތެރި ކަމުގައި ޑްރޯން ގަނެގެން އެތަކެތި އޮޕަރޭތް ކުރުމަށްވުރެ ލުއި ފަސޭހަ އެހެން ގޮތެއް ނެތީހެއްޔެވެ. ރައްޔިތުން މަޖިލީހުގެ ރުހުންނެތި އެވަރުގެ ކަމެއް މި ސަރުކާރުން ކުރުމެކޭ އިންޑިއާ އަސްކަރީ ހެލްކޮޕްޓަރތައް އޮޕަރޭޓް ކުރުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. 

ޒަމާން ތަކަށް ދެމިގެންދާ ގޮތަށް ދައުލަތް ޒިންމާވާން ޖެހޭ އެއްވެސް ކަމެއް ކުރެވެން ވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. ހާއްސަކޮށް މާލީ ޒިންމާ ދައުލަތުން ވާންޖެހޭ ކަންކަމާއި ގައުމީ ސަލާމަތާއި ސިޔާދަތާ ގުޅުން ހުރި ކޮންމެ ކަމެއް ކުރެވެން ވާނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ. 

]]>
Fri, 08 Mar 2024 15:24:50 +0500 ހީރަސްނިއުސް
ކުރީ ސަރުކާރު ބަދުނާމު ކުރިވަރަކަށް ގެއްލޭ ވޯޓް ވަނީގިނަ https://heerasnews.com/2305 https://heerasnews.com/2305 ރައީސް ސޯލިހު ވެރިކަން ކުރެއްވި ގޮތް ގޯސްވެގެން ވެރިކަން ކުރަން އައި މީހުން މިހާރު މިހާވަނީ ކޮން ހަޑިއެއް ހެއްޔެވެ. ރާއްޖޭގެ ތާރީހުގައި ހެދި އެންމެ ބޮޑު ބަޖެޓް ލިބިފައި މިއޮތީ އެ މީހުންނަށެވެ. ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ނެތް މަޖިލީހުން ބަޖެޓް ބޭނުންވާ ކަމަށް ސަރުކާރުން ބުނި ވަރަށް ވުރެ ބޮޑު ބަޖެޓެއް އެ އޮތީ ފާސްކޮށް ދީފައެވެ. ކުރީ ސަރުކާރުން ކޮށްފައިވާ ހަރަދުތައް ހަމަ ޖެއްސުމަށާއި ހުސްވި އަހަރުގެ ފަހު ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް ސަޕްލިމަންޓަރީ ބަޖެޓެއްވެސް ފާސްކޮށް ދީފައި މި ސަރުކާރަށް މަޖިލީހުން ދިނެވެ. 

ކޮވިޑްގެ ހާލަތާ ހެދި ދެއަހަރަށް ވުރެ ގިނަ ދުވަހު ދުނިޔެ އޮތީ ހުއްޓިފައއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބުނު އާމްދަނީ ހުއްޓި ގައުމީ ރިޒާވް ހުސްވެ ދަރަނިވެރި ވިއެވެ. ފަހަރެއްގައިވެސް އެއީ ނެތް ހާލަތެއް ނޫނެވެ. އެ ހާލަތުން ގައުމު އަރައިގަތުމަށް ކުރީ ސަރުކާރުން ކުރި ގިނަ ގުނަ މަސައްކަތުގެ ނަތީޖާއަކީ ރައްޔިތުން ބަނޑަށް ނުޖެހި ގައުމު ބަގުރޫޓް ނުވެ އެންމެ އަވަހަށް އިޔާދަ ކުރެވުނު އިގްތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ. 

ކުރީ ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅު ތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ބޮޑުތަނުންވީ އިތުރެވެ. ރާއްޖެއަށް އެތެރެވާ ފަތުރުވެރިން ވެސް ވީ އެތައް ގުނަ އަކަށް އިތުރެވެ. ޖިއެސްޓީ ބޮޑުކޮށް، ޕްރޮފިޓް ޓެކްސް ބޮޑުކޮށް، ކޮތަޅުން ޖީއެސްޓީ ބޮޑު ކުރުންވީ ކުރީ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ. އެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން އެންމެ ބާރަށް ދެއްކި އެއްވާހަކަ އަކީވެސް އެއީއެވެ.

މުއިއްޒު ސަރުކާރަށް މާސިންގާ ބޮޑު ބަޖެޓަކާއި ސަޕްލިމެންޓްރީ ބަޖެޓެއް ލިބުނެވެ. ކުރީ ސަރުކާރުން ބޮޑުކޮށްގެން އުޅުނު ކޮތަޅު ޓެކްސް ވެސް ބަރާބަރަށް ލިބެއެވެ. ޖީއެސްޓީއަށް އިތުރު ކުރި %2 ވެސް ކަނޑާ ނުލާ ނަގަމުން ދެއެވެ. ބޮޑުކުރި ޕްރޮފިޓް ޓެކްސް ވެސް ލިބެއެވެ. ސަރުކާރަށް އާމްދަނީ ހޯދަން ކުރީ ސަރުކާރުން އިތުރު ކުރި ޓެކްސްތަކުން ހަތަރުއަނާ އެއްވެސް މި ސަރުކާރުން ކަނޑައެއް ނުލައެވެ.

ބޮޑު ބަޖެޓަކާއިއެކު ސަރުކާރު ހިންގަން ލިބުމުން "ކުރީ ސަރުކާރު" ކިޔާލަ ކިޔާލާ މިތިބެނީ ކަމެއް ކުރުމުގެ ގާބިލްކަން ނެތުމުންނެވެ. ފަހަރަކު ވަޒީރަކު ނިކުމެ ކުރީ ސަރުކާރުގެ އެވަނަކަމެއް މިވެނަ ކަމެއް އެބައޮތޭ ކިޔައިގެން މި ދަމަނީ ކޮންހާ ހާސަރެއް ހެއްޔެވެ. އެކަކަށް ރަށްރަށުގެ ފުލުސް ޕޯސްޓްތައް އަޅަން ދީފައި އޮތް ގޮތެއް ކަމަކު ނުދިއައެވެ. އަނެކަކަށް ރަށްރަށުގެ ހޮސްޕިޓާތައް އަޅަން ދީފައި އޮތް ގޮތެއް ކަމަކު ނުދެއެވެ. އަނެކަކަށް ރަށްރަށުގެ އިންޖީނުގެތައް އަޅާ ގޮތެއް ކަމަކު ނުދެއެވެ. އަނެކަކަށް ރަށްރަށުގެ ބަނދަރުތައް ހަދާ ގޮތެއް އާރުޓީއެލް ނިޒާމެއް ކަމަކު ނުދެއެވެ. ކަމުދާ ކަމެއް ކަމުދާ ގޮތަކަށް ކުރެވިފައި އޮތް ކަމަކަށް ނުވެއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ތިޔަ ތިބީ ވެރި ކަމުގައެވެ. އެހެންނޭ މިހެންނޭ ކިޔައިގެން ޕޯޑިއަމްތަކާއި ނޫސްވެރިން ގާތު ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރެވޭ ހެއްޔެވެ. ގާނޫނާ ގަވައިދާ ހިލާފަށް ކަމެއް ކޮށްފާ އޮތިއްޔާ އެ މައްސަލައެއް ބަލާ ފިޔަވަޅު ނާޅާށޭ ބުނީ ކާކު ހެއްޔެވެ. އަޅަން ޖެހޭ ފިޔަވަޅެއް އަޅައިގެންވެސް ރައްޔިތުންގެ ލާބައަށް ފަށަފައިވާ އެއްވެސް ކަމެއް ނުކޮށް ނުބަހައްޓާ ކަންކަން ކުރެވޭކަން އަމަލުން ދައްކަބަލާށެވެ. ކޮށްދޭނަމޭ ކުރާނަމޭ އަގައިން ކިޔަކަސް ރައްޔިތުން މިހާރަކު ގަބޫލެއް ނުކުރާނެއެވެ. މަޖިލީހުގެ ކެންޕޭނަށް ވެގެން ވޯޓު ހޯދަން ކުރީ ސަރުކާރު ބަދުނާމު ކުރި ވަރަކަށް ގެއްލޭ ވޯޓް ވަނީ ގިނައެވެ. 

]]>
Wed, 06 Mar 2024 15:54:57 +0500 ހީރަސްނިއުސް
މުއިއްޒު އުޅެނީ އަޒުލު ނުކޮށްގެން https://heerasnews.com/2291 https://heerasnews.com/2291 ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހަކު ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުވުމަކީ އެމީހަކު މަގާމުން އެއްފަރާތް ކުރަން ޖެހޭ ސަބަބެކެވެ. ރައީސް މުއިއްޒާ މެދު އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ރައްޔިތުންގެ އިތުބާރު މިހާ އަވަހަށް ވަނީ ގެއްލިފައެވެ. ގާނޫނު އަސާސީއާ ކަނޑައެޅިގެން ދަނީ ހިލާފުވަމުންނެވެ. ފާޅުކަން ބޮޑުކޮށެވެ. މުއިއްޒު ގާނޫނު އަސާސީއާއި ގާނޫނުތަކާ އެހާވަރަސް ހިލާފު އެވަނީ މުއިއްޒު ގެންގުޅޭ ގާނޫނީ ޓީމް ރާވައިގެން މުއިއްޒަށް ދޭ ކެއްސަކުން ނޫންބާއޭ ހިތަށް އަރައެވެ. 

ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް އެމަގާމުގައި ހުރެ ކުރާ ގާނޫނާ ހިލާފު ކަންތައް ތަކުން ފަހުން ރެކިގަނެ މުއިއްޒު ބޮލަށް ކަނޑާލަން ކުރާކަމެކޭ ވެސް ހާދަ ހީވެއެވެ. ގާނޫނާ ހިލާފު ކަންކަމަށް ގާނޫނީ ހަމަ އަޅުވައިގެން މުއިއްޒު ލައްވާ ދައުލަތް ފާލުން ނައްޓުވާ ލާނީ އެހެންވެ ތާއެވެ. މުއިއްޒު ބޭނުންވާ ގޮތް ހަލާލު ކުރަން ދުސްތޫރީ ނިޒާމް ހާރުވާނީ އެހެން ވެތާއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ވަޒީރެއްގެ ގޮތުގައި ހުރެވޭނީ ރައީސް އައްޔަނުކޮށް އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބި ވަޒީރުކަމުގެ ގާނޫނީ ހުވާކޮށްގެންނެވެ. އައްޔަނުކޮށް ހުވާ ކުރިޔަކަސް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ މީހަކަށް ވަޒީރުކަމެއް ނުކުރެވޭނެއެވެ. ގާނޫނު އަސާސީ ބުނާ ގޮތަކީ އެއީއެވެ. ވަޒީރު ކަމަށް މީހަކު އައްޔަނުކޮށް ހުވާކޮށްގެން ވަޒީރުކަމުގައި އެމީހަކަށް ހުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. 

ޑރ. ޝަހީމާއި ޑރ. ހައިދަރާއި އަހުމަދު އުޝާމް ވަޒީރުންގެ މަޖިލީހުގައި މިހާރު އެތިބެނީ ގާނޫނާ ހިލާފަށެވެ. އެތިން މީހުންނަކީ ވެސް އެ މީހުން މިހާރު އެ އަދާކުރާ މަގާމުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ބައެކެވެ. މަތިމައްޗަށް އައްޔަނު ކޮށް ހުވާ ކުރުވިޔަސް އެ ވުޒާރާތަކުގެ ވަޒީރުންގެ ގޮތުގައި އެ ތިން މީހުންނަކަށް ނުތިބެވޭނެއެވެ. ބައިތިއްބައިގެން ވެސް ނުވާނެއެވެ. އެއީ ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފަށް ރައީސް މުއިއްޒު ކުރާކަމެކެވެ. 

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނީ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށް ރައީސަށް ފޮނުވުމުން ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަޞްދީޤު ކުރާން ވާނެ ކަމަށް ގާނޫނު އަސާސީ ބުނެއެވެ. އެބިލު ތަސްދީގުނުކޮށް ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ފެންނަ އިޞްލާޙަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވުމަކީ ރައީސަށް އޮތް ގާނޫނީ ބާރެކެވެ. 

ގާނޫނު އަސާސީގެ 91 ވަނަ މާއްދާ: ބިލު ތަޞްދީޤުކުރުމާއި އަލުން ވިސްނުމަށް އަނބުރާ ފޮނުވުން

(ހ) ރައްޔި ތުންގެމަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާން ވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލުތަޞް ދީޤުކުރާން ވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާން ވާނެއެވެ.

(ށ) ރައަޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއް ޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާންވާނެއެވެ.

(ނ) ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއާޔާ ތަޞްދީޤު ކުރުމަށް ފޮނުވާ ބިލެއް ތަޞްދީޤުކުރާން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށަ ނުވަތަ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައި ފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރީ ކަމަށް ބަލައި ، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާންވާނެއެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއް ޖެނަމަ، އެ ބިލެއް ރައީސުލް ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރަން ރައީސަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ.

މިހެން މިކަން އޮތް އިރު ރޯދަމަހު އިންތިހާބު ނުބާއްވާ ގޮތަށް އިންތިހާބާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ފާސްކޮށް ތަސްދީގު ކުރަން ފޮނުވުމުން ތަސްދީގުނުކޮށް އަނބުރާ ފޮނުވުމުން އެބިލު އެއްވެސް ބަދަލެއް ނުގެނަސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެވަނީ ފާސްކޮށްފައެވެ. އެ ހިސާބުން ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރަން ރައީސަށް މަޖުބޫރު ވާނެއެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ މިހާރު 80 އެވެ. 87 ކަމަށް ބެއްޔަސް އެބިލް ފާސްކުރީ 47 މެންބަރުންގެ ވޯޓުން ކަމުން ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތު ލިބެއެވެ. 87 މެންބަރުގެ އަގުލަބިއްޔަތަކީ 44 އެވެ. އެހެން ކަމުން ރައީސް މުއިއްޒަށް އެބިލް ޖެހޭނީ ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރާށެވެ. މިއަދު މަޖިލީހުން ފާސްކުރި ރޯދަމަހު އިންތިހާބު ނުބާއްވާ ބިލް ތަސްދީގު ނުކޮށްފިނަމަ އެކަން ވާނީ ރައީސް މުއިއްޒު ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުވީ ވުމަކަށެވެ.

އެނގި ހުރެ ގަސްދުގައި ގާނޫނު އަސާސީ މުއިއްޒު ހިލާފުވަމުން މިދަނީ އަޅެ ކީއްވެގެން ހެއްޔެވެ. އެހާވެސް ފިއްތުން ބޮޑީހެއްޔެވެ. ވެރިކަމަކީ ހީކުރި ވަރަށް ވުރެ ބުރަ ބޮޑު ކަމަކަށް ވީހެއްޔެވެ. ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރިގެން އެއްވެސް ތަނެއް ނުފެންނަނީ ހެއްޔެވެ. ނޫނީ މަކުނު ސައްކެޔޮ ގަހަށް އެރިގޮތަށް ނުފޭބުނުހެން ނަގޫ ފިތިގެން ނުފޭބިފައި ހުރީ ހެއްޔެވެ. އުޅޭ ވައްތަރުން ހީވަނީ މުއިއްޒު އުޅެނީ އަޒުލު ނުކޮށްގެން ހެންނެވެ.   

]]>
Wed, 28 Feb 2024 17:17:55 +0500 ހީރަސްނިއުސް
މަޖިލީހުން ގޮނޑިއެއް ސަރުކާރަށް ބޭނުމެއް ނުވާނެ! https://heerasnews.com/2287 https://heerasnews.com/2287 ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުން އެއްބާރެވެ. މަޖިލީހަކީ އަދުލު އިންސާފު ގާއިމުކުރާ ބާރެއް ނޫނެވެ. ދައުލަތް ހިންގުމުގެ ބާރެއްވެސް ނޫނެވެ. އަދުލު އިންސާފު ގާއިމުކުރާ ބެންޗެއްގައި މަޖިލިސް މެންބަރުންނެއް ނުތިބެއެވެ. ދައުލަތް ހިންގާ ވަޒީރުންގެ މަޖިލީހަކުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ނުތިބެއެވެ.

އަނެއްކޮޅުން އަދުލު އިންސާފު ގާއިމުކުރާ ބާރުގެ މެޖޯރިޓީ އޮތް މަޖިލީހެއް ހޯދާކަށް ޖުޑިޝަރީއަކުން ނޫޅެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރެއް ބާއްވާކަށް މަޖިލީހަކުން ވެސް ނޫޅެއެވެ. އެހެނަސް ސަރުކާރުގެ މަޖިލީހެއް ބާއްވަން ސަރުކާރުން ތެޅެފޮޅެނީ ކީއްވެ ހެއްޔެވެ. ސަރުކާރުގެ ކެންޑިޑޭޓުންނޭ ކިޔައިގެން ބަޔަކު ނިކުމެ މަޖިލީހަށް ވާދަ ކުރަނީ ކީއްވެ ހެއްޔެވެ. ވިސްނާ ފިކުރު ކުރާށެވެ.   

އާންއެކެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ކިބައިން ބާރުތައް ފެށޭ ތަނެވެ. ބާރުތައް ދެމިއޮންނަ ތަނެވެ. އެއީ ގާނޫނު ހަދާ މަޖިލީހެވެ. ބަޖެޓް ފާސްކުރާ މަޖިލީހެވެ. ސަރުކާރު ޖަވާބު ދާރީ ކުރާ މަޖިލީހެވެ. ފާރަވެރި މުއައްސަސާތައް ކޮންޓްރޯލުކުރާ މަޖިލީހެވެ. ފަނޑިޔާރުން ވަކިކޮށް އިސްކުރާ މަޖިލީހެވެ. ވަޒީރުންނަށް ރުހުންދޭ މަޖިލީހެވެ. ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ މަޖިލީހެވެ. ދައުރު ހަމަވަންދެން މަގާމު ކަށަވަރު މެންބަރުންގެ މަޖިލީހެވެ. 

ތިންބާރު ކިތަންމެ ބޮޑަށް ވަކިވެފައި އޮތަސް ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ބާރުތަކުގެ ވެރި ބާރެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ބޭނުންވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ ފޮށިތަންމަތި ބަނދެގެން ގެއަށް ކަނޑާލާށެވެ. އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުންނާއި ވަޒީރުންނަށް ވެސް އޮތީ ހަމަ އެގޮތެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވެސް އެހެން ގޮތެއް ނޯވެއެވެ. 

އެހެން ކަމުން މަޖިލީހުގެ މެޖޯރިޓީ ހޯދޭތޯ ސަރުކާރުންނާއި އިދިކޮޅު ވާދަވެރިން އަބަދުވެސް އުޅެއެވެ. އެބައެއްގެ މީހުން މަޖިލީހަށް ވެއްދޭތޯ ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރެއެވެ. އިދިކޮޅު ވާދަވެރިން މަޖިލީހުގެ މެޖޯރިޓީ ހޯދަނީ ސަރުކާރު ޖަވާބު ދާރީ ކުރުވުމަށެވެ. ވެރިކަމުގެ ނާޖާއިޒު މަންފާ ސަރުކާރުން ނެގިޔަ ނުދިނުމަށެވެ. ރައްޔިތުންގެ ހެވާ ލާބައަށް ސަރުކާރު މިސްރާބު ކުރުވުމަށެވެ.

މަޖިލީހުގެ ކޮންޓްރޯލް އެއިރަކު އޮންނަ ސަރުކާރަކަށް ހޯދަން، ކޮންމެ ސަރުކާރަކުން ވެސް އުޅެއެވެ. މަޖިލިސް ހޯދުމަށް ކުރެވުނުހާ ކަމެއްވެސް ކުރެއެވެ. ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ދިނުމާ ނުދިނުމަކީ ވޯޓްދޭ ރައްޔިތުންގެ ކަމެކެވެ. އެގޮތުން މަޖިލީހުގެ އަގުލަބިއްޔަތު ދޭންވާނީ ދޭވަރުގެ ސަރުކާރަކަށެވެ. ވަކިކުރެވިފައިވާ ތިންބާރު މަސްހުނިކޮށް ހުދުމުހުތާރު ވެރިކަމެއް ކުރަންއުޅޭ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުން ހެޔޮނުވާނެއެވެ.

ހޭބޯ ނާރާ ސަރުކާރަށް ތާއީދު އޮންނަ މަޖިލީހެއް ހޯދަން ސަރުކާރަކުން އުޅެގެންފިނަމަ އެ ސަރުކާރަކަށް މެޖޯރިޓީ ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯހެވެ. އަމްދުން ތަރުތީބު ވެފައިވާ ގާނޫނީ ހަމަތައް މުގުރާލަން އުޅޭ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ދޭކަށް ނުވާނެއެވެ. އެކަހަލަ ސަރުކާރުތަކުން މަޖިލީސް ހޯދަން ގަދަފައި ވިއްދަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމުގެ ބޭނުމަކު ނޫނެވެ.

މަޖިލިސް ކޮންޓްރޯލު ސަރުކާރަށް އޮތަސް ނެތަސް ގާނޫނު ތަކާއި އެއްގޮތަށް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ސަރުކާރަށް ދެވޭނެއެވެ. މަޖީލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ދައުލަތުގެ ހަރަދު ބަރަދު ހަމަޖައްސައިގެން ދައުލަތް ހިންގޭނެއެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ހަގީގަތުގައި ބޭނުމެއް ނުވާނެއެވެ.

މަޖިލީހުގެ އަގުލަބިއްޔަތުގެ ތާއީދު ސަރުކާރަށް އޮތް މަޖިލީހެއް ބާއްވަން އެހާވަރުން ބަޔަކު އުޅޭ ބޭނުމަކީ ކުރާނެ ގޮތަކަށް ކަންކުރިޔަސް ރައީސުލްޖުމްހޫރިއްޔާ މަގާމުގައި ދެމިހުރުމުގެ ޔަގީންކަން ހޯދުމެވެ. ބޭނުންހާ ބަޔަކު ވަޒީރުންނަށް ލައިގެން ދައުލަތުގެ ނަމުގައި ބޭނުންވާހާ ކަމެއް ބޭނުން ގޮތަކަށް ކުރުމުގެ ފުރުސަތު ހޯދުމެވެ. ރައްޔިތުންގެ ހެވާ ލާބައަށް ކަމެއް ކުރުމަށް ސަރުކާރަށް ތާއީދުކުރާ މެޖޯރިޓީއެއް މަޖިލީހުގައި އޮންނާކަށް ކޮންމެހެން ނުޖެހެއެވެ. 

ކޮންމެ ބަޔަކު މަޖިލީހުގައި ތިއްބަސް ހީލަތެއް އޮޅުވާލުމެއް ނާޖާއިޒު ކަމެއް ނެތި ރައްޔިތުންގެ ހެވާ ލާބަޔަށް ކުރާ ކޮންމެ ކަމަކަށް މަޖިލީހުގެ ރުހުން ސަރުކާރަށް ހޯދޭނެއެވެ. ސަރުކާުން ބޭނުންވެގެން ގާނޫނުނެއް ހަދަން ވިޔަސް ގާނޫނެއް އިސްލާހު ކުރަން ކަމަށް ވިޔަސް ރުހުމެއް ހޯދުން ކަމަށް ވިޔަސް އެކަން އޮންނާނީ އެހެނެވެ. 

]]>
Mon, 26 Feb 2024 16:32:06 +0500 ހީރަސްނިއުސް
ސަރުކާރަށް މަޖިލިސް ދިނުމުން ރައްޔިތުން މަތިން ހަނދާންނެތޭ! https://heerasnews.com/2286 https://heerasnews.com/2286 އިހުލާސްތެރިކަމެއް ނެތްނަމަ މަޖިލީހުގެ މެޖޯރިޓީ ކޮންމެ ބައެއްގެ އަތުގައި އޮތަސް ހަދާނީ ހަދާނެ އެއްޗެކެވެ. އައު ގާނޫނު އަސާސީގެ ފަހުން ރާއްޖޭގައި މަޖިލީހުގެ މެޖޯރިޓީ އޮވެގެން ކަންކަން ވީގޮތް ވަނީ ތަޖުރިބާ ކޮށްފައެވެ. ކިތަންމެ ހިއްޗަސް ހަގީގަތަކީ ހަގީގަތެވެ.

އިދިކޮޅަށް މެޖޯރިޓީއޮވެ ރައީސް ނަޝީދު ރާއްޖޭގައި ވެރިކަން ކުރިގޮތާއި ވީގޮތް ވަނީ ތަޖުރިބާ ކުރެވިފައެވެ. ޑީއާރުޕީގެ ސާފު މެޖޯރިޓީ އޮވެ ރައީސުލްޖުމްހޫރިއްޔާގެ އަތް ބަނދެލިއެވެ. އައު ގާނޫނު އަސާސީއާއި އެކު އައި މަލްޓިޕާޓީ ޑިމޮކްރަސީގައި ސަރުކާރުން އަލަށް ތައާރަފް ކުރަން އުޅުނު ކަންކަމާއި ގައުމަށް ގެންނަން ބޭނުންވި އިންގިލާބީ ބަދަލު މަޖިލީހުން ހުއްޓުވިއެވެ. އެންމެ ފަހުން ވެރިކަމުގެ ދައުރު ފުރިހަމަނުކޮށް ނަޝީދަށް މަޖުބޫރުވީ އިސްތިއުފާ ދޭށެވެ. 

މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް ކުރެވޭ އެންމެ މެންބަރަކު ނެތި ރައީސަކު ވެރިކަން ކުރިއެވެ. ލިބުނުގޮތަކަށް ލިބިގެން ޑރ. ވަހީދު ކުރި ކުރު ވެރިކަމުގައި މަޖިލީހަކާ ރައީސަކާ ބެހޭކަމެއް ނޫން ކަހަލައެވެ. އެކަމަކު ކުރަން ބޭނުން ހުރިހާ ކަމެއް ޑރ. ވަހީދު ވެސް ރައިސް ކަމުގައި ހުރެ ކުރިއެވެ.

މަޖިލީހުގެ މެޖޯރިޓީއާއި އެކު ރައީސް ޔާމީނު ފެށި ވެރިކަމުގެ ފަސް އަހަރު ތެރޭގައި ކުރި ތަޖުރިބާ ތަފާތެވެ. މެޖޯރިޓީ އޮތީ ސަރުކާރަށެވެ. އެކަމަކު ގާނޫނު އަސާސީއަށް ބަދަލު ގެނައުން ކަހަލަ، ކުރަން ޖެހުނު ބޮޑެތި ކަންކަން ކޮއްލެވޭ ވަރުގެ ސްޕަރ މެޖޯރިޓީއެއް ނެތެވެ. އިދިކޮޅު މެންބަރުންގެ ތާއީދު ހޯދި ގޮތަކަށް ހޯދައިގެން ގާނޫނު އަސާސީއަށް ގެންނަން ބޭނުންވި ބަދަލުތައް ސްޕަރ މެޖޯރިޓީ ނެތަސް ޔާމީނު ގެނައެވެ. އެސްއީއީޒެޑް ގާނޫނު ފާސްކުރުމާއި ސްޕްރީމް ކޯޓް ބެންޗް ކުޑަ ކޮށްލުން ފަދަ ބޮޑެތި ކަންކަން ފަސޭހަ ކަމާއެކު ކޮށްލިއެވެ. ނާކާމިޔާބު އެންދެރި އިންގިލާބު ފެށި މަޖިލީހުގައި އޮތް ތާއީދު ނުފުށަށް ޖެހި އިންގިލާބީ ރޫހު ފެށުމުން މަޖިލީހަށް ސިފައިން ވައްދާ މެންބަރުން ފާރުމަތިން އުކާލާ މަޖިލީހުގެ ރިޔާސަތުގައި ފާރެއްލާ، 12 މެންބަރުންގެ ގޮނޑިތަކެއް ގެއްލުވާލައިގެން ހާލަތުއްޒަރޫރާ ދަށުން ދައުރު ނިމެންދެން ޔާމީނު މަޖިލީހާއި ވެރިކަން ހިންގިއެވެ. 

އެމްޑީޕީގެ ޓިކެޓްގައި ވެރިކަމަށް އައި ރައީސް ސޯލިހު ވެރިކަމުގެ ބޮޑު ބައެއްގައި މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީއަށް އޮތެވެ. އެމްޑީޕީއަށް އޮތް ސްޕަރ މެޖޯރިޓީ ވެގެން ދިޔައި ރައީސް ސޯލިހުގެ ވެރިކަމުގެ ކަތުރު ފަންޏަށެވެ. އެމްޑީޕީގައި އޮތް ސްޕަރ މެޖޯރިޓީގެ އެތައް މެންބަރުންނާއި ރިޔާސަތު އިދިކޮޅަށް ވުރެ އިދިކޮޅެވެ. މަޖިލީސް މެދުވެރިކޮށް ސަރުކާރުން ކުރަން ބޭނުންވި އެއްވެސް ކަމެއް ދިޔައީ ނުކުރެވިއެވެ. އެމްޑީޕީއަށް ސްޕަރ މެޖޯރިޓީ ގެއްލި މެޖޯރިޓީ ކޮންޓްރޯލު ސަރުކާރަށް އޮތަސް ރައީސް ސޯލިހާ ދެކޮޅަށް އެންމެ ގިނަ ޗަރުކޭސް ކުޅުނީ މެޖޯރިޓީ އޮތް މަޖިލީހުގެ ތަޅުމުގައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުމުގެ ސަބަބަކަށްވީ އޭރު ލިބުނު ސްޕަރ މެޖޯރިޓީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މަޖިލީހުގެ މެޖޯރިޓީ ހޯދަން ރައީސް މުއިއްޒު ވެސް މިހާރު އެޖަހަނީ މަރުފައްޔެވެ. ހޯދާ މެޖޯރިޓީއެއްގެ މާނައެއް ނެތްކަން 13 މެންބަރުން ގަނެލެވުމުންވެސް މުއިއްޒަށް ނުވިސްނެނީ ތާއެވެ. އަޒުލު ކޮށްފާނެތީ ގަންނަ ބިރަކުން މެޖޯރިޓީ ލިބޭތޯ މުއިއްޒު އެހެން އުޅެނީތާއެވެ. އެއިއްޔަކީ ރައްޔިތުންނަށް ހެވެއް އެދިގެން ދާއިރާތަކުގެ ލާބައަށްޓަކާ އުޅޭ ގޮތެއް ނޫނެވެ. 

މަޖިލިހުގެ މެޖޯރިޓީ ހޯދަން ހޭވައްޓާނުލާ މުއިއްޒު އުޅޭއިރު ޕީއެން ސީޓިކެޓް ލިބުނު ގިނަ މީހުންނަކީ މުއިއްޒު ނޫން ގޮތެއްގައި ތިބި ބައެއް ކަމަށް ވެއެވެ. ގިނަ ދާއިރާތަކުގައި ސަރުކާރު ކެންޑިޑޭޓަކީ ކާކުކަން ނޭނގި ސަޕޯޓަރުން ތިބީ ވަނުވާގައެވެ. ބައެއް ދާއިރާތަކުގައި ފާޅުކަން ބޮޑުކޮށް ސަރުކާރުގެ ދެތިން ކެންޑިޑޭޓުން އެބަ އުޅެއެވެ. މުއިއްޒު ކެންޑިޑޭޓައި ސާޖިދާ ކެންޑިޑޭޓާއި އަދުރޭ ކެންޑިޑޭޓެވެ. ޕީއެންސީ ޓިކެޓް ގިނައިން ލިބުނީ ޔާމީނު ކެންޑިޑޭޓުންނަށް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެހެން ކަމަށް ވާނަމަ މުއިއްޒަށް އެފުރެނީ ފޫނެއް ފަޔަށް ފެނެވެ. 

ބުނެވި ދިޔަ ކަންކަމުން އެނގެނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯދުމަށް މަޖިލީހުގެ މެޖޯރިޓީއަކީ މުހިންމު އެއްޗެއް ނޫންކަމެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ސަރުކާރަށް ރައްޔިތުން މަތިން ހަނދާން ނެތޭ ކަމެއް ކަމެވެ. ވާދަވެރިންގެ އަތުގައި މެޖޯރިޓީ އޮތުމުން އަޒުލުގެ ބިރައްޓަކާވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ސަރުކާރަށް މަޖުބޫރު ވާނެކަމެވެ. ތަޖުރިބާއިން ދައްކަނީ މިހަގީގަތެވެ.

]]>
Mon, 26 Feb 2024 14:58:06 +0500 ހީރަސްނިއުސް
ރައްޔިތުން ދޭ މެޖޯރިޓީއެއް މުއިއްޒަކަށް ބޭނުމެއް ނުވާނެ! https://heerasnews.com/2274 https://heerasnews.com/2274 ވެރިކަމެއް ލިބިގެން މީހަކު އުޅޭނެ އެންމެ ހުތުރުކޮށް އުޅެން ދިމާކުރި ވެރިއަކީ ޑޮކްޓަރ މުއިއްޒެވެ. ސިޔާސީ ގޮތުން ކުޑަވެސް ބާރުވެރިކަމެއް ނެތް އިރުވެސް ގަދަބަސް ބުނާވަރު އެބަފެނެއެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ފުރައްސާރަ ކުރުމާއި ގަދަކަން ދެއްކުމުގައި ބުއްދި އިސްކުރުމުގެ ކަންފުޅެއްވެސް މުއިއްޒުގެ ކިބާގައި ނުވެއެވެ. ވެރިކަމުގެ ގޮނޑީގައި ދެންމެ ދެންމެ ވެއްޓިދާނެ ކަމުގެ ބިރުގައި މޭކަރަކަރާ އިންނަ އިރުވެސް ކަމަކީ ފުއްޕުމެވެ.

މުއިއްޒަށް ވެރިކަން ލިބުނީ ފޮޓޯގަނޑަކާއި ހުސް ގޮނޑިއެއްގެ ބާރުގައެވެ. މީހެއްގެ ހިޔަނީގައެވެ. އެމީހާ މިއަދު މުއިއްޒާ އެކަކު ނެތެވެ. މުއިއްޒާއެކުގައި ރައިސް ޔާމީނު ނެތަސް ރައީސް ޔާމީނުގެ ހުރިހާ ސަޕޯޓަރުން މުއިއްޒާ އެކުގައި ތިބިއްޔޭ ހީވަނީ ހެއްޔެވެ. އެ މީހުންނެއް މުއިއްޒާ އެކުގައި ނެތެވެ. ބައެއްގެ ތާއީދަކީ ރެއަކަށް އިރު އޮއްސި އަރާއިރަކަށް ބަދަލުވާއެއްޗެއް ނޫނެވެ. ވެރިކަމުގައި ހުރީތީ އެކީގައި ތިބި ގިނަ މީހުންނަކީ ޒާތީ މަސްލަހަތަކަކަށްޓަކާ އެކުގައި ތިބި ބައެކެވެ. ބައެއްގެ ހިތުލޯބި ހޯދަން ލައްކަ ވަގުތު ނަގާނެއެވެ. 

ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ބޮޑު ޕާޓީއަކާ ޖައްސާލާއިރު އެމީހުންގެ އެންމެ ފުއްޓަތްކަކުން ބުރައިގެން ދާހާ ބަލިކަށިކޮށް ހުރެ ގަދަކަން ދައްކަނީ ތޮބީއަތުގައި ހުންނަ ގޮތް ދޫނުކުރުމާއި ހަރުކަށިކަމާއި ބޮޑާކަމެއްގެ ސަބަބުންކަން އެނގެއެވެ. ރައްޔިތުންނަކަށް ކޮންމެހެން އެއްބާރުލުން ދީގެން މުއިއްޒު ލައްވާ ސަރުކާރު ހިންގުން ލާޒިމެއް ނޫނެވެ. މުއިއްޒު ވެރިކަމަށް އެރުވި ގޮތަށް މުއިއްޒު ވެރިކަމުން ބޭލުމަކީވެސް ރައްޔިތުންނަށް އޮތް އިހުތިޔާރެކެވެ. މުއިއްޒު ނޫނަސް ރާއްޖޭގައި މީހުން އެބަތިއްބެވެ. 

ރައްޔިތުންގެ މަޖިލީހުގައި މުއިއްޒުގެ ބާރުވެރިކަން ނެތުމުން ބާރު ހޯދަން މުއިއްޒު ކަންކުރާނެ ގޮތް އެންމެނަށް ވެސް އެނގެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަކިބަޔަކު މަޖިލީހަށް ހޮވުމަށް މުއިއްޒަށް ރައްޔިތުން އެއްބާރުލުން ދިނުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ. ރިޝްވަތަށް ފައިސާދީގެން ހަށިވިއްކާ ބަޔަކު ގަނެލީމާ ނިމުނީތާއެވެ. ރައްޔިތުންގެ އެއްބާރުލުން ހޯދާ ވާހަކަ މުއިއްޒު ދެއްކުމުގެ މާނައެއް ނެތެވެ.

އެހެން ނޫނަސް ރައްޔިތުން ދޭ މެޖޯރިޓީއެއް މުއިއްޒަކަށް ބޭނުމެއް ނުވާނެއެވެ. އަތުގައި މަޖިލީހުގެ އެއްވެސް ބާރެއް ނެތްއިރުވެސް މުއިއްޒު ކުރަނީ ކުރާނެ ކަމެކެވެ. ގާނޫނީ ހަމައަކަށް އުސޫލަކަށް ބެލުމެއް ނެތެވެ. މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް މުއިއްޒަށް ލިބެއްޖެނަމަ ހުދުމުހުތާރު ވުމުގައި މުގާބޭއެއް ނަތަންޔާހޫއެއް ހުވަނދަކަށްވެސް ނުވާނެއެވެ. ހަރުކަށި ހައްދު ފަހަނައެޅި ގައުމިއްޔަތުގައި އަވަށްޓެރި ގައުމުތަކާ ހަނގުރާމަ އިއުލާނު ކުރާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. 

]]>
Mon, 19 Feb 2024 22:13:23 +0500 ހީރަސްނިއުސް
ޝަހީމަށް: މުއިއްޒު އަޒުލު ނުކުރާނެ ގޮތަކީ ނެތްގޮތެއް! https://heerasnews.com/2273 https://heerasnews.com/2273 ގައިރު ގާނޫނީ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ކަރުގެ ހިމަނާރު ބުރިވާނީ ލާހަޅޭކުން އަމިއްލައަށެވެ. ގައިރު ގާނޫނީ ވަޒީރު ކަމެއްގައި ހުރެވޭނީ ކަރުން ނާރުނަގާ ލައްކަ ބާރަށް ހަޅޭ ލައިގެންނެވެ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ މަޖިލީހުގެ ރުހުން ނުލިބުނަސް ވަޒީރު ހެދިގެނެއް މީހަކު ނޫޅޭނެއެވެ. 

ރައީސަކު މަގާމުން އަޒުލް ކުރަން ރައީސް ކަމުގައި ވަކި ދުވަހެއް ވާކަށް ނުޖެހެއެވެ. ގަމާރަސް ގަމާރުވާން ވާނީ ވަކި ވަރަކަށެވެ. އަޒުލް ނުކުރާކަށް މުއިއްޒު ސަރުކާރުގައި ތިބިއްޔަކީ ކުށުން ހުސްތޯހިރުވެގެން ތިބި ބަޔަކު ނޫނެވެ. އެއްޔަކީ ވެރިކަމަށްޓަކާ މަތިން ބާވާލެއްވި ބައިގަނޑެއް ނޫނެވެ. 

ރަންކޮޅާ ޝަހީމޫއެވެ. މުއިއްޒު ވެރިކަމަށް އިސްވެހުރީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުންނެވެ. އެ ގާނޫނު އަސާސީގައި ހުރި ހަމަތަކެއް އެޅިގެންނެވެ. ރައީސް ކަމުގައި ހުންނަ މީހަކު އަޒުލުކުރާ ވާހަކަވެސް އޮތީ އެގާނޫނު އަސާސީގައެވެ. ގާނޫނު އަސާސީގައި އެކަން ކުރެވޭ ގޮތް ލިޔެވިފައި އޮއްވާ ޝަހީމު ނުދެކެނީތާއެވެ. 

ބަލަގަ ކަރުގެ ހިމަނާރު ތަކަކީ ވެރިކަމެއްގައި މީހަކު ދެމި ބެހެއްޓުމަށް ބާރެއް ދޭއެއްޗެއް ނޫނެވެ. ކެނޑޭ ނާރެއް ކެނޑެންވީއެވެ. ޑރ. މުއިއްޒަކީ ދިވެހި ސިންގާ ސަނާގައި 5 އަހަރު ވަންދެން އިންނަން އުޅޭ މީހެއް ނޫނެވެ. ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރަން އުޅޭ މީހަކުނަމަ ރައްޔިތުންގެ އިތުބާރުނެތް ޝަހީމުމެން ކަހަލަ މީހުނަށް ގާނޫނާ ހިލާފަށް ވަޒީރުކަން ދީގެން ވެރިކަން ކުރާކަށް ނޫޅޭނެއެވެ. ރައްޔިތުންގެ މަޖިލީހަށް ޗެލެންޖު ކުރަން ޝަހީމާއި މުއިއްޒަކީ ކޮން ބައެއް ހެއްޔެވެ. 

ސަރުކާރަށް 100 ދުވަސް ނުވަނީސް ވެރިކަން ފުރޮޅާލަން ބަޔަކު އުޅުނިއްޔާ އުޅޭނީ ވެރިކަން ފުރޮޅާލަން ޖެހޭވަރަށް ވެރިކަން ހަރާބު ވެގެންނެވެ. ރައްޔިތުންގެ ލައްކައަކަށް ވުރެ ގިނަ މީހުނަށް ބަކަރި ހުއިހައްޕާ މީހުނަށް ގޮވި ކަލޭގެއަށް ގާނޫނާ ހިލާފަށް ވަޒީރުކަން ދީގެން އުޅުންވެސް މުއިއްޒު އަޒުލު ކުރުމުގެ ސަބަބަކަށް ފުދެއެވެ. 

ރައްޔިތުން ވެރިކަމަށް މީހަކު އިންތިހާބު ކުރަނީ 5 އަހަރު ދުވަހު އެމީހަކު ކުރާނެ ކަމެއް ކުރާނެ ގޮތަކަށް ކުރާކަށް ނޫނެވެ. އެކަން އޮތީ އެހެން ކަމަށް ވާނަމަ އަޒުލުގެ ވާހަކައެއް ގާނޫނު އަސާސީއަކު ނުއޮންނާނެއެވެ. ދޮގާ ވަގާ މަކަރާ ހަދައިގެން މުއިއްޒު ވެރިކަން ހޯދި ހޯދުމަކީ ފަސް އަހަރު ވަންދެން ވެރިކަމުގައި ބަހައްޓަން އޮތް ހުއްޖަތެއް ނޫނެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ވަޒީރަކަށްވެސް ރައިސަކަށް ވެސް މަގާމުގައި ދެމިއެއް ނުހުރެވޭނެއެވެ. އަމްދުން މުއިއްޒަކީ ރައްޔިތުންގެ އިތުބާރު ގެއްލިފަިވާ މީހެކެވެ. މުއިއްޒާ މެދު ރައްޔިތުންގެ އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް މިއަދު ވޯޓެއް ނެގިޔަސް މުއިއްޒަށް ރައްޔިތުންގެ އިތުބާރު ނެތްކަން ސާފުވާނެއެވެ. 

މިހާރުން މިހާރަށްވެސް ރިޝްވަތުގެކުށް މުއިއްޒަށް ސާބިތުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ބަޔަކު ގާނޫނު އަސާސީއާއި ހިލާފަށް ވަޒީރުންގެ މަޖިލީހުގައި ގެންގުޅުމުގެ ސަބަބުން ހުވައާއި ހިލާފު ވުމުގެކުށް ސާބިތުވާނެއެވެ. ފަސްޓްލޭޑީގެ އިނާޔަތް އަނބިމީހާއަށް ހޯދާދެމުން ގާނޫނާ ހިލާފަށް ސިވިލް ސާރވިސްއިން އަނބިމީހާއަށް ނޯޕޭލީވް ދީގެން ކޮންޓްރެކްޓް އުސޫލުން ސިވިލް ސާރވިސްއިން އިނާޔަތް ހޯދާދޭތީ މަގާމުގެ ނާޖާއިޒު ފައިދާ ވަކިމީހަކަށް ހޯދާ ދިނުމުގެ ކުށް މުއިއްޒުގެ މައްޗަށް ސާބިތުވާނެއެވެ. ވަކިވަކިން މިޒާތުގެ ކަންކަން ލިސްޓްކޮށްލައިފިއްޔާ ކޮޅުން ނުލާހާ ގިނައެވެ. މިވަރުގެ މީހަކު ވެރިކަމުގައި ފަސް އަހަރު ވަންދެން ބަހައްޓައިފިއްޔާ ގައުމަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ވާނެއެވެ. 

ޝަހީމުމެންގެ ކަރުގެ ކުދިނާރުތައް ކިއްކުރަން ހެއްޔެވެ. ފަލަނާރުތައް ޅިޔައެޅި ބުރިބުރި ވިޔަސް މުއިއްޒު އަޒުލު ނުކުރާނެ ގޮތަކީ ހަމަ ނެތްގޮތެކެވެ. ސަލާމަތް ބޭނުމިއްޔާ ގައިރު ގާނޫނީ ވަޒީރުކަމުން ޝަހީމުވެސް ޖެހޭނީ އެއްފަރާތް ވާށެވެ. 

]]>
Mon, 19 Feb 2024 17:18:06 +0500 ހީރަސްނިއުސް
ގައުމު ބަނޑަށް ނުޖައްސާ ފައިބާނީތަ! https://heerasnews.com/2268 https://heerasnews.com/2268 ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލެނީ ބަޔަކު ދައްކާ ވާހަކަ އަކުން ނޫނެވެ. ސަރުކާރުން ކަންކުރާ ގޮތުންނެވެ. ރައީސް މުއިއްޒު ދައްކާ ވާހަކައިންނެވެ. ކަނޑާ ފޮނިންނެވެ. ބުރުވާ އަޅިންނެވެ. ޖަހާ އުނބުންނެވެ.

އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތެއް ކުރަމުން ދާނަމަ އެކަމަކަށް މީހަކު ހުރަސް އަޅާކަށް ނޫޅެއެވެ. މީސް މީޑިއާގައިވެސް އެހެންތާކުވެސް ނެތް ހާލަތެއްގެ ވާހަކައެއް ނުދައްކައެވެ. ހަގީގަތާ ހިލާފު ވާހަކަ ތަކެއް ވެސް ނުފަތުރައެވެ. ސަރުކާރެއް ކަމަކު ރައްޔިތުންނަށް އޮޅުވާލައިގެން ވަގާ ދޮގާ ހަދައިގެން ރައްޔިތުން ވާވެއްދޭ ވަރަށްވުރެ ހޭލުންތެރި ވާނުވާ އެނގޭ މީހުން ބައިވަރު އެބަތިއްބެވެ. 

އާނއެކެވެ. ރާއްޖެއަށް މާލީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ކުރިމަތި ވެފައިވާ މާލީ މައްސަލަތަކުގެ ވާހަކަ އެންމެ ބާރަށް ދެއްކީވެސް މުއިއްޒެވެ. ދަރަނިން ބޯހިކެން ނެތް ވާހަކައާއި ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުން ދާކަމަށް ބުނީވެސް މުއިއްޒެވެ. ވެރިކަމުގެ ހުވާކުރުމަށް ފަހު ރައްޔިތުންނާ މުހާތަބުކޮށް ދެއްކިވާހަކަ އެއޮތީ ދިމާލަށް ފެންނާށެވެ. މުއިއްޒު ސަރުކާރާއި ރައްޔިތުންނަށް ހިދުމަތް ދިނުމާ ދެމެދުގައިވެސް އޮތް ހުރަހަކީ އިގްތިސޯދީ ފުންވަޅުގަނޑެއް ކަމަށް އަނގަފުރާފައި ބުނީވެސް މުއިއްޒެވެ. 

ސަރުކާރުގެ މަތި ބަރު ނުކުރާނެ ކަމަށް ބުނެ 50އަށް ވުރެ ގިނަ ވަޒީރުންނާއި 100 އެއްހާ ސްޓޭޓް މިނިސްޓަރުންނާއި 200 ވަރަކަށް ޑެޕިއުޓީ މިނިސްޓަރުންނާއި އެތައްސަތޭކަ ޕޮލިޓިކަލް ޑައިރެކްޓަރުން ނުލާ ސަރުކާރު ހިންގޭ ކަމަކަށް މުއިއްޒަކަށް ނުވެއެވެ. ދާއިރާގެ ރޮގުން މައުލޫމާތާއި އިލްމާ މާލީ ތަޖުރިބާނެތް އެތައް ބަޔަކަށް ސަރުކާރު ކުންފުނިތަކުގެ އެމްޑީކަމާއި އިސް މަގާމުތައް ދީގެން ހަންޑި ހައްލަނީ ވެސް މުއިއްޒެވެ.

22 ވުޒާރާ ހަދައިގެން އެއާއި ވާވަރަށް މުއައްޒަފުން ލައިގެން ސިވިލް ސާވިސް މުއައްޒަފުންގެ މުސާރަތައް ބޮޑުކުރާ ވާހަކަ ދައްކަނީ މުއިއްޒެވެ. މުއިއްޒުގެ އަންހެނުނަށް ފަސްޓްލޭޑީގެ އެލަވަންސް ނަގަމުން ސިވިލް ސާވިސްއިން ގާނޫނާ ހިލާފަށް ކޮންޓްރެކްޓް ދީގެންވެސް ފައިސާ ހޯދަނީ މުއިއްޒެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ ޑަބަލް ކުރަން ވައުދުވީ މުއިއްޒެވެ. ފަނޑިޔާރުންގެ މުސާރަ ތިން ގުނަ ކުރާނެ ވާހަކަ ބުނީ ވެސް މުއިއްޒެވެ. 

ރާއްޖޭގައި ދުވަހަކު ފާސް ނުކުރާ ވަރުގެ ބަޖެޓެއް ހުށަހަޅައިގެން ފާސް ކުރުވީ މުއިއްޒެވެ. 50 ބިލިޔަނާ ކައިރިކުރާ ބޮޑު ބަޖެޓުން ބޭރުން މިލިޔަން މިލިޔަނުން ހަރަދުވާނެ އެތައް ކަމެއް ކުރަން ވައުދު ވަމުން ދަނީ މުއިއްޒެވެ. ބަޖެޓުގައި ނެތް އެއަރޕޯޓުތަކާއި ބުރިޖުތަކާއި ޓަނަލްތައް އަޅަން ވައުދުވަނީ މުއިއްޒެވެ. ހުޅުމާލޭ ހަލިމަގު ހޭޅީގައި ހުރި ސޯލަރ ހަރުތައް އެތައް މިލިޔަން ޑޮލަރެއް ހޭދަކޮށްގެން އެހެން ރަށަކަށް ބަދަލު ކުރަން ވައުދުވީ މުއިއްޒެވެ. ހިޔާފްލެޓްގައި 200 މިލިޔަން ހަރަދުކޮށްގެން ލިފްޓް ހަރުކުރަން ބުނީ މުއިއްޒެވެ. ކޮންމެ ހިޔާ ޓަވަރަކަށް ދެލައްކަ ރުފިޔާ ދޭން ނިންމީ މުއިއްޒެވެ. ވިނަރެސް ފްލެޓް ތަކުގެ އަގު ތިރިކޮށް ހުޅުމާލޭގައި ހުރި އެހެން ސޯސަލް ހައުސް ތަކުގެ އަގުން %20 ދަށް ކުރަން ބުނީ މުއިއްޒެވެ. މިހެން ކިޔާފާ ނުކިޔާނެ ކަމެއް ނެތެވެ. އެތައް ބިލިޔަން ރުފިޔާ ސިޔާސީ ބޭނުމަށް ތަޅާލަން މުއިއްޒަކަށް މާބޮޑު ކަމަކަށް ނުވެއެވެ.

ބަދަލު ދިނުމުގެ އުސޫލު ބާތިލުކޮށް ނެތް އުސޫލެއްގެ ތެރެއިން ސިޔާސީ ބޭނުމުގައި 130 މިލިޔަން ރުފިޔާ ގާސިމް އިބްރާހީމަށް ބަދަލުގެ ގޮތުގައި ދިނީ މުއިއްޒެވެ. ވަޒީރު ބޭފުޅުން ދުއްވަން އެތައް ސަތޭކަ މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ކާރުކޮޅު ތަކެއް އެތެރެ ކުރީ މުއިއްޒެވެ. ހުވާކޮށްލަން 23 މިލިޔަން ރުފިޔާ ބޭކާރުކޮށްލާ ގަނޑުވަރަށް ބަދަލުވާން ސާޅިހަކަށް މިލޔަން ރުފިޔާ މިވީ ކުޑަ ދުވަސްކޮޅު ހަރަދު ކޮށްލައިފިއެވެ. ބޮޑެތި ފައުޖުތައް ގޮވައިގެން ދައުލަތުގެ ހަރަދުގައި ރާއްޖޭން ބޭރަށް ދަތުރުކޮށް އެތައް މިލިޔަން ރުފިޔާއެއް އިސްރާފު ކޮށްލައިފިއެވެ. ނައިބު ރައީސް ރާއްޖޭގައި ހުއްޓި ނުހުރެ ދުނިޔޭގައި އުދުހެނީއެވެ. އަންދާ ހުލި ކުރަމުން އެދަނީ މިލިޔަނުން ދައުލަތުގެ ފައިސާއެވެ.

އިގްތިސޯދު ކޮޅަށް ޖަހަން އުޅޭ ބައެއްގެ ފަރާތުން މިހުރިއްޔަކީ ފެންނާނެ ކަންކަމެއް ނޫނެވެ. އާމްދަނި އިތުރު ކުރަން ވިސްނަނީ ރައްޔިތުން ފެލައިގެންނެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ދައުލަތުގައި ފައިސާއެއް ނުހުރެއެވެ. ހުންނަ ކަމަކަށް ނުވެސް ހަދައެވެ. ކުރިއަށް އޮތް ދުވަސްތަކަކީ ދަތި އުދަނގޫ ދުވަސް ތަކަކަށް ވާނެކަމަށް ބުނީވެސް މުއިއްޒުގެ ދުލުންނެވެ. ރައްޔިތުންނަށް ކަމެއް ކޮށްނުދިނުމުގެ ބަހަނާގައޭ ނުބުނެވޭ ވަރެއް ނޫނެވެ. އެކަމަކު ގޯސް މިވަނީ އެވާހަކަ ދައްކާ މީހުންނެވެ. 

އަވައްޓެރިކަމާއި ބައިނަލްއަގުވާމީ ގުޅުމަކީ މުއިއްޒު ދަންނަ ކަމެއް ނޫނެވެ. ބަޖެޓް ސަޕޯޓްގެ ގޮތުގައި ރާއްޖެއަށް ފައިސާ ދޭނެ ބަޔަކު މިހާރަކު ނެތެވެ. އެންމެ ބަދަހި ގުޅުމެއް ބާއްވަން އުޅޭ ޗައިނާއިން ވެސް ފައިސާ ދޭން ބޭނުންވަނީ ޕްރޮޖެކްޓް ތަކަށެވެ. ހިލޭ އެހީއެއް ދޭނީ ގުރުބާނީއެއްގެ އަގެއްގެ ގޮތުގައެވެ. ރަހުމަތްތެރި އިންޑިއާއި އެމެރިކާ އޮތީ ރާއްޖެއަށް އެހީތެރި މޫޑެއްގައެއް ނޫނެވެ. 

ދުނިޔޭގެ މާލީ އިދާރާ ތަކަކީ އެމެރިކާއާއި އިންޑިއާ ފަދަ ގައުމުތަކުގެ މަސްލަހަތުގައި އޮޕަރޭޓް ކުރާ ތަންތަނެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި މުއިއްޒު އުޅެގަތް ގޮތުން ރާއްޖެއާ މެދު ދުނިޔެ ދެކޭގޮތް ބަދަލުވެއްޖެއެވެ. އޭގެ ހިތި ރާއްޖެއަށް ނުފެނިއެއް ނުދާނެއެވެ. 

ހަމަތެދެކެވެ. ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ދަނީ ދިވެހި ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތުންނެވެ. އެވާހަކަ ދައްކާ ބައެއްގެ ބޮލަށް ކަނޑާލައިގެން މާލީ ނިޒާމަށް ގެއްލެމުންދާ އިތުބާރެއް ނުހޯދޭނެއެވެ. ނެރޭ ނޫސް ބަޔާނަކުން، އެކްސްގައި ކުރާ ޕޯސްޓަކުން އެ އިތުބާރެއް ނުއުފެއްދޭނެއެވެ. ކުރީގެ ސަރުކާރު ބޮލުގައި އަޅުވައިގެންވެސް އިތުބާރު ދެނެއް އިޔާދައެއް ނުކުރެވޭނެއެވެ. ގައުމު މިހާރު އޮތް ހާލަތުން އިގްތިސޯދު ހަމައަކަށް އަޅުވާ މާލީ ނިޒާމްގެ އިތުބާރު މުއިއްޒަކަށް ހޯދައެއް ނުދެވޭނެއެވެ. ފާޑުފާޑަށް އިލްތިމާސްކޮށް ބަޔާން ނުނެރި ރައްޔިތުން ބަނޑަށް ނުޖައްސާ ފައިބާނީތޯ ނުވަތަ ބާލަންވީތޯ މުއިއްޒާ ސުވާލު ކުރަން އެބަ ޖެހެއެވެ. 

]]>
Sat, 17 Feb 2024 20:45:06 +0500 ހީރަސްނިއުސް
ގޯތިތައް ރަސްމާލެއަށް&ފްލެޓްތައް މުއިއްޒުގެ އައުވާނުންނަށް https://heerasnews.com/2254 https://heerasnews.com/2254 ދިވެހީންގެ ރާއްޖެ ފެށުނީ މުއިއްޒާ ހަމައިންނެވެ. އޭގެކުރީން ދިވެހި ރާއްޖޭގައި ހިނގަފައިވާ އެއްވެސް ކަމަކީ ދިވެހިންގެ ރާއްޖެއަށް އެޕްލައިވާނެ ކަންކަމެއް ނޫނެވެ. ކުރިން ދިވެހި ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމަކީ މުއިއްޒު ސަރުކާރުން އިހުތިރާމްކޮށް ދަމަހައްޓަން ޖެހޭ ކަމަކަށް ނުވެއެވެ. ކުރީގެ ސަރުކާރު ތަކުން ނިންމާފައިވާ ކަންކަމަކީ އެގޮތުގައި ދެމިގެންދާނެ ކަމެއް ކަމަކަށް މުއިއްޒު ސަރުކާރުން ގަބޫލެއް ނުކުރެއެވެ. ކުރީ ސަރުކާރުން ފަށައިގެން ކުރިއަށް ގެންގޮސްފައި އެއްވެސް ކަމަކީ މުއިއްޒު ސަރުކާރުން ކުރިއަށް ގެންގޮސް ނިންމަންޖެހޭ ކަމެއް ކަމަކަށް މުއިއްޒު ނުދެކެއެވެ.

ރާއްޖޭގެ ކަންކޮޅު ތަކުގައި ކުރީގެ ސަރުކާރުން ފަށާ ނުނިމިހުރި މަޝްރޫއު ތަކާއި ތަރައްގީގެ މަސައްކަތްތައް އޮތް ހިސާބެއްގައި އޮތީ ބާއްވާފައެވެ. ހުއްޓަލާފައެވެ. ފަޅެއްވިޔަސް ބަނދަރެއް ވިޔަސް ނަރުދާމައެއް ވިޔަސް އޮތީ ހުއްޓާލާފައެވެ. މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ކަންކަންވެސް ވަނީ މުޅިންހެން ހުއްޓާލާފައެވެ. 

މާލޭ ސަރަހައްދުން ގޯތިދޭން ހިއްކާ ބިން ހިއްކުން ވެސް ވަނީ ހުއްޓިފައެވެ. ބޯހިޔާވަހި ކަމުގެ ޖުމްލަ ހައްލޭ ބުނެ ބަޖެޓްގައި ނެތަސް ފުށިދިއްގަރުފަޅު ހިއްކަނީއެވެ. ބަޖެޓްގައި ނެތަސް ގުރައިދޫގައި އެއަރޕޯޓް އަޅަން ވީއެވެ. މަގޫދޫގައި އެއަރޕޯޓެއް ނިމިނިމި އޮއްވާ ޖެހިގެން އޮތް ނިލަންދޫގައި އެއަރޕޯޓް އަޅަން ނިންމިީއެވެ. 

މަލޭ ސަރަހައްދުގެ ބޯހިޔާވަހި ކަމަށް ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯތިދޭން ނިންމާ ކުރީ ސަރުކާރުން ހިއްކަމުން ދިޔަ ބިންތައް ހިއްކުން ހުއްޓާލާ ގޯތިތައް ބަދަލުކުރަން ނިންމީ ފުށިދިއްގަރުފަޅަށެވެ. އެނިންމުން އަދިވެސް އޮތީ އެގޮތަށެވެ. ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ހަވާލުކުރާ ވާހަކައަކީ މަޖިލިސް އިންތިހާބަށް މާލޭ މީހުންގެ ލޮލުގާ އަޅުވާ އަނދުނެކެވެ. 

މާލޭ މީހުން މިދާކަށް ދުވަހު ސަލްޓަންޕާކުގައި ބޭއްވި ގޯތި ސައްލާގައި މުއިއްޒުގެ މަންދޫބެއްގެ ގޮތުން އައި ފިރުޒުލްގެ ވާހަކައިން އެކަނިވެސް ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯއްޗަކީ ލިބެން އޮތް އެއްޗެއް ނޫންކަން ސާފުވާނެއެވެ. ކުރީ ސަރުކާރުން އިންވަކިކޮށް ގޯތި ކަނޑާ ރަޖިސްޓްރީ ހަދާދީފައިވާ ފަރާތްތަކަށް ބިންތައް ހަވާލުނުކޮށް ދަންމަނީ ދިގެވެ.

ގޯތި ލިބޭނެކަމަށް ގެޒެޓްކޯށް އިއުލާނު ކޮށްފައިވާ ފަރާތްތަކަށް ދޭން ހިއްކަމުން ދިޔަ ބިން ހިއްކުން ހުއްޓާލާ ނުހިކޭ ބިމުން ގޯތި ނުދިނުމުގެ ބަހަނާ އަކަށް ދައްކަނީ ގޯތީގެ ރަޖިސްޓްރީ ހަދާ ދިނުމަކީ ގާނޫނީ މައްސަލައެއް ކަމަށް ހަދައިގެންނެވެ. ކަނޑު ހުރަސްކޮށް ޓަނަލްއަޅަން ބުނާ މީހާއަށް ފަޅުން ގޯތި ކަނޑާ ދިނުން ގާނޫނީ މައްސަލައަކަށް ވެއްޖެއެވެ. މާލޭ މީހުން ބާޑިޖަހައިގެން ފަޅުމެދުން ގޯތި ހިއްކާ ފާލަން އަޅައިގެން ގޯއްޗަށް ދިޔަކަމެއް ވަށަފަރު މީހަކަށް ނޭނގިދާނެއެވެ. ހަމަގައިމުވެސް މިޒަމާނުގައި މޫދުގައި ގެއަޅައިގެން އުޅެވިދާނެކަން ނޭނގިއެއް ނުހުންނާނެއެވެ. އެކަމުގާ އޮތީ ކޮން ގަނޫނީ މައްއސަލައެއް ހެއްޔެވެ. އޮތިއްޔާ އޮތް މައްސަލައަކީ މަޖިލިސް އިންތިހާބު ކުރިމަތީގައި އޮތުމެވެ.

ގިނަ އަދަދެއްގެ މާލޭ ރައްޔިތުންނާ ގުޅިފައިވާ ކަމަކަށް ގޯތި ދިނުމުގެ މައްސަލަވާތީ އެކި ބަހަނާގައި ލަސްކޮށް ފަސްކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމެންދެނެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ފަހުން ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ނުދޭން ނިންމާ ރަސްމާލެއަށް ގޯތިތައް ބަދަލުކޮށްލާނެއެވެ.

ގެދޮރުވެރި ސްކީމްގެ ފްލެޓްތަކުގެ މައްސަލަ ވެސް ކޮޅެއްގައި ނުޖައްސާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމެންދެން ދިގު ދައްމާލަނީއެވެ. ޕިއެންސީން މަޖިލީހަށް ވާދަކުރާ މުއިއްޒަށް ވަފާތެރި ކެންޑިޑޭޓުން ބޭނުންވާ ބަޔަކަށް ކެންޑިޑެޓުންގެ ސީނިއަރިޓީއަށް ބަލައިގެން ދޭނެ ފްލެޓްގެ އަދަދު އޮތީ ކަނޑައެޅިފައެވެ.  ބޭނުމަކީ ފްލެޓް ދައްކައިގެން މަޖިލީހަށް މުއިއްޒުގެ ބަޔަކު އިންތިހާބު ކުރުމެވެ. އެހެންކަމުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ގިނަ ބަޔަކަށް ފްލެޓް ނުދީވާނެ ގޮތެއް އޭސީސީ މެދުވެރިކޮށް ހެދީއެވެ.

ކުރީގެ ސަރުކާރުން ގެޒެޓްކޮށް ފްލެޓް ލިބޭނެކަން ކަށަވަރުކޮށްދީފައިވާ ހަތަރުހާސް މީހުންގެތެރެއިން 60 އިންސައްތަ މީހުން ބާކީކޮށްލަނީ މުއިއްޒުގެ ކެންޑިޑެޓުންނަށް ވޯޓު ހޯދަން ފްލެޓް ބަހާށެވެ. ރައްޔިތުންގެ މަޖިލީހުން ރުހުންނުދީ ހުރި ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް ދޭ ގާނޫނީ ލަފައަށް ގައިރު ގާނޫނީ ހައުސިން މިނިސްޓަރ ހައިދަރު ލައްވާ ފްލެޓް ކުޅި ކުޅުވަން މުއިއްޒު ފޫގަޅައިގެން އެހުރީ މަޖިލިސް އިންތިހާބު ނިމެންދެނެވެ. މަޖިލިސް އިންތިހާބަށް ފަހު މުއިއްޒުގެ ގޮށްމުށުގެ ބަލާ މުސީބާތް މުޅިގައުމަށް ޖެހެނޭއެވެ.

]]>
Sun, 11 Feb 2024 21:32:57 +0500 ހީރަސްނިއުސް
މުއިއްޒުގެ ތޮށަލިތަކުރާ ޖެހުނު ވިގަނި! https://heerasnews.com/2250 https://heerasnews.com/2250 އިސްލާމް ދީނަކީ ޑރ. ޝަހީމެއް ނޫނެވެ. ޝަހީމް ދެކޭ ގޮތެއްވެސް ނޫނެވެ. ޑރ. ޝަހީމަކީ ދީން ވިއްކައިގެން ކައިގެން އުޅޭ ބަތާ ހަރަމީއެކޭ މީހުން ކިޔަނީ ކިޔަން ވެގެންނެވެ. ވަޒީރުކަމަށް ރުހުން ނުދިނީމާ ތިމަން ވަޒީރުކަމުގައި ނެތިއްޔާ އިސްލާމް ދީނެއް ނޯންނަނެއޭ ކިޔާ ރޮއެ ހެރިގެން އަނެއްކާ ވަޒީރުކަމަށް އިސްކުރުވައިގެން މުއިއްޒަށް މިޙުން ލައްވާ ބެއްވުމުގެ ފަހަތުގައި އޮތީ ކޮންކަމެއްކަން ގިނަ މީހުނަށް އެނގެއެވެ. އަނެއްކާވެސް މަޖިލީހުން ރުހުން ނުދިނީމާ ވަޒީރުކަމަށް އިސްވާން ތައްޔާރަށް ހުންނާށެވެ. 

މާތް ވެގެންވާ އިސްލާމް ދީނަކީ ޝަހީމު ވިހޭ ދުވަހު ފޫޅު ދަޑިއާ ގުޅިފައި އޮތް މަހެއް ނޫނެވެ. ރާއްޖޭގައި ތިބި ގިނަ ދީނީ އިލްމުވެރިންނަކާ ޑރ. ޝަހީމަކާ ފިކުރު އެއްގޮތެއް ނޫނެވެ. ޝަހީމް އުޅެ ގަންނަ ގޮތުން ދީނަކީ ޝަހީމޭ ހީވާ ކަހަލައެވެ. ޝަރީއަތާއި އިބާދާތަކީ ޝަހީމުގެ އަމިއްލަ އުފެއްދުމެކޭ ހީވާ ކަހަލައެވެ. ބަޅުފުޅަކާ ދަންނަބޭކަލުންގެ މުއްލާއަކީ ޝަހީމޭ ބުނާ ސަލަފީން ވެސް ރާއްޖޭގައި މަދެއް ނޫނެވެ.

ދީނުގެ ރުކުންތައް ވިއްކައިގެން އަމިއްލަ ވިޔަފާރި ޕާޓްނަރު އަހުސަނަށް ބަނޑުވާކަން ދީގެން އިސްލަމިކް މިނިސްޓްރީ ބޭނުން ކޮށްގެން އަމިއްލަ ޖީބު ފުއްޕުވަން ނޫޅޭށެވެ. ތިން ފަހަރު އިސްލަމިކް މިނިސްޓަރުކަން ހަވާލު ކުރީމާވެސް ދީން ކުރިއަރުވަން ކުރި ކަމެއްނެތި ކުރީ ފަހަރުވެސް ހުޅުވީ އަނބިގޮއްޔައަށް ރަން ފިހާރައެކެވެ. ކުރީ ވިޔަފާރިއެވެ.

ހަމަތެދެކެވެ. އަމިއްލަ މީހާ މަޝްހޫރުވާން އޮތް ފުރުސަތަކަށް ދިވެހި މުސްލިމުންގެ ދީނީ އަގީދާ ޝަހީމަކަށް ނުހެދޭނެއެވެ. ހެދިޔަކަ ނުވެސް ދޭނަމެވެ.

މެދު އިރުމަތީ އޯނަރު ހެދިގެން ދިވެހިންގެ ބޮލަށް މިހާރަކު ޗިޕެއް ނުޖެހޭނެއެވެ. ހައްޖު ކޯޓާ ވިއްކުމާއި ހައްޖާއި އުމުރާއަށް މީހުން ފޮނުވުމުގެ ނަމުގައި މީހުން އަތުގައި ހުންނަ ފައިސާ ކޮޅު ދަމައިގަނެގެން ގެންގޮސް ހައްޖު އުމުރާއަށް ނުފޮނުވާ ވޭޓް ލިސްޓުގައި ބައިތިއްބައިގެން އެ ފައިސާއިން ވިޔަފާރި ކޮށްގެން ދީނުގެ ނަމުގައި މީހުން ދަވާލާކަށް ޖާގައެއް އަބަދަކު ދެވޭކަށް ނެތެވެ

ޒަކާތު އޮފީސް ހަދައިގެން ފައިސާ އެއްކޮށްގެން ރައްޓެހިންނަށް ފައިސާ ބަހައިގެން ވެރިކަމަށް ދޮންކުރާކަށް ފުރުސަތެއް ޝަހީމަކަށް ނެތެވެ. ވަގުފު ބިލްޑިންގ އަޅައިގެން ވިޔަފާރި ޕާޓްނަރު އަހުސަން ލައްވާ ރަނބަ ގިރަން ހުރެވޭނެ ކަމަށް ހީކުރީ ހެއްޔެވެ

އަރަބިން ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެންނޭ ބުނި މީހާއަށް ވާކަމެއް ވީކަމެއް ހަރާމުން ހަރާމެވެ. ވެރިކަމުގައި ހުރެގެންވެސް ވެރިކަމުން ބޭރުގައި ހުރެގެންވެސް ކަންކަން ކުރެވޭނީ ކުރެވޭ ވަރުގެ މީހުންނަށެވެ. މާ ދީނީ ވެގަނެގެން ޝަހީމު އުޅުނެއް ކަމަކު މުއިއްޒު ވެރިކަމުގެ ސަލަފް ވިންގުން ވެސް ޝަހީމް އިސްލަމިކް މިނިސްޓްރީގައި ބަހައްޓާކަށް ނުރުހެއެވެ.

އަރަބި ކަރައިގާ މާ ބަސްވިކޭ މީހެއް ކަމަށް މުއިއްޒަށް ދައްކައިގެން ވަޒީރުކަން ހޯދިޔަސް ޝަހީމައކީ އަރަބި ކަރައިގާ ނަކަސްތަޅާ މީހެކެވެ. ފުރަތަމަ ހީކޮށްގެން ހުރީ ރައީސް ޔާމީނު ރިޔާސީ ޓިކެޓް ދޭނެކަމަށެވެ. އެކަން ނުވުމުން މުއިއްޒުގެ ރަނިންގ މޭޓަށް ވާން ފައި ނަގައިގެން ހުއްޓާ ސެންބެ އެކަން ދަމައިގަތުމުން ވީފޫހިން ރައީސް ސޯލިހަކީ ހުލްގު ހެޔޮ މާތް މީހަކަށް ހަދައިގެން ހުއްޓާ ފުރަތަމަ ބުރުން މުއިއްޒު ކުރި ހޯދުމުން އަޅާނެ ފަޅި ނޭގިގެން އާވާރާވެގެން އުޅެއުޅެފައި ތިމަންގެ ތާއީދު ކުރާނެ ފަޅިއެއް ދެދުވަހެއް ތެރޭގައި ހާމަކުރާނަމޭ ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރީ ވިއްކާ ވޯޓެއް އޮތް ވާހަކައެވެ. 

ފޮޓޯ ގަނޑަކާ ހުސް ގޮނޑިއެއް ހިފައިގެން ނިކުމެ އުޅުނު މުއިއްޒު ޝަހީމްގެ މަޅީގައިޖެހި ފައްޗަށް މަހާލީ ދޮޅި ކެނޑޭ ވަރަށެވެ. ވަގުތުން ދީވަލްޕާ ހެދިގެން މުއިއްޒުގެ ކޮނޑަށް ސަވާރުވެ މުއިއްޒަށް މަގު އޮޅުވާލީ އަރަބިން އަތުން ހޯދާދޭނެ ބައިވަރު ގަނޑުގެ ހުވަފެން ދައްކައިގެންނެވެ. މުއިއްޒަށް ވަނީ ޝަހީމަކީ ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށް ވެފައެވެ. ނުމެ ކޭމެއެވެ. ނުމެ ދިޔަމެއެވެ. 

]]>
Fri, 09 Feb 2024 13:49:16 +0500 ހީރަސްނިއުސް
ހައްދުފަހަނައެޅި ގައުމިއްޔަތުގައި ޗައިނާގެ އަޅަކަށް ރާއްޖެ https://heerasnews.com/2248 https://heerasnews.com/2248 ޒާތް ޒާތުގެ " ހޭންޑް އޯވަރ ސެރަމަނީ" ތައް މި ދުވަސްވަރު ގިނަ ގިނައިން ދިވެހިންނަށް ފެންނާނެއެވެ. "ހޭންޑް އޯވަރ ސެރަމަނީ" ތައް ބާއްވާ ނިމޭއިރު ރާއްޖެ އޮންނަނީ އަތުނުލެވޭ ވަރަށް ޗައިނާއަށް "ހޭންޑް އޯވަރ" ވެފައެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ގޮތްނޭނގޭ އަޑިނޭނގޭ ތިރީހަކަށް އެއްބަސްވުމުގައި ޗައިނާއާއި އެކު ރާއްޖޭން މިވެރިކަމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މުއިއްޒު ޗައިނާއަށް ކުރި ފުރަތަމަ ދަތުރުގައި ސޮއިކުރި އެއްބަސްވުން ތަކުގައި ވަނީ ކީކޭކަން އެނގޭ މީހަކު ނެތެވެ. ރައްޔިތުންގެ މަޖިލީހަށް ވެސް އެކަން ވަނީ ސިއްރު ކޮށްފައެވެ. 

ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ކުރީ ސަރުކާރުން 100އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފާ އޮވެގެން ހިފި ނުހުރެގެން ހަޅޭފަޅޭޖެހި މީހުނަށް ވެރިކަން ލިބުމާއެކު ވެރިކަމަށް ދެމަސް ނުވަނީސް ޗައިނައާއި އެކު ތިރީހަށް ވުރެ ގިނަ އެއްބަސް ވުމުގައި އެވަނީ ސޮއިކޮށްފައެވެ. އެ ރޭޓުން އެއްބަސްވުމުގައި ސޮއި ކުރާނަމަ ފަސް އަހަރުވާން ވާއިރަށް އެތައް ސަތޭކަ އެއްބަސްވުމުގައި ސޮއިކުރާނެއެވެ. 

އިންޑިއާ އާއި އެކު ކުރީ ސަރުކާރުން ސަތޭކައެއްހާ އެއްބަސްވުމުގައި ސޮއިކޮށްފައި އޮވެގެން އިންޑިއާގެ ހުއްދަނެތި ރައީސް ސޯލިހުގެ ވެރިއަކު އިށީދެ އިން ގޮނޑިން ތެދުވެ އެހެން ގޮނޑިއެއްގައި ނީށީނދެވޭ ވަރަށް އިންޑިއާގެ ދަށުވެފައިވާ ކަމަށް މުއިއްޒު ބުންޏެވެ. އެހެން ކަމަށް ވާނަމަ ޗައިނާ އާއި އެކު މުއިއްޒު ސަރުކާރުންވާ އެއްބަސްވުން ތަކުގެ ސަބަބުން ޗައިނާގެ ހުއްދަނެތި މުއިއްޒަށް ސާޖިދާއާވެސް ހަތަރުކަޅި ހަމަކޮށްލެވޭނެ ބާވައެވެ. 

ކުރީގެ ސަރުކާރުން އިންޑިއާ އާއި އެކުވެފައިވާ އެއްބަސްވުންތަކަކީ ސިޔާދަތާއި މިނިވަންކަން ގެއްލޭވަރުގެ ނުރައްކާތެރި އެއްބަސް ވުންތަކެއް ކަމަށް ބުނެ މުއިއްޒު އޭރު ރައްޔިތުން ބިރުގެންނެވިއެވެ. އެ އެއްބަސްވުންތައް އަވީނުލައިގެން ހީވީ އުޑުބޮލަށް ވެއްޓޭތީ އުޅޭ ހެންނެވެ. ވެރިކަމަށް އަރާގޮތަށް އަރާ އިންޑިއާ އާއިއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް އަކުރުން އަކުރަށް ހާމަކޮށް ރައްޔިތުންނަށް ދައްކާނެ ކަމަށް ވެރިކަމުން ބޭރުގައި ތިބިއިރު އަޑުން އަޑުނަގާ މުއިއްޒު ގޮވާ ނެގިއެވެ. 

ތިމަންގެ ވެރިކަމެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނުއޮންނާނެ ކަމަށް ބުނި މުއިއްޒަށް ޖެހުނީ ހެދިހާ ދޮގު ފަޅާއަރާ އޮރިޔާން ހާލު ޖެހެދާނެތީ ހުރިހާ ކަމެއްވެސް ސިއްރު ކުރާށެވެ. ފޮނުވި ސިޓީއަކުން ކަނޑު ވިއްކާލި ކަމަށް ވެގެން ހާމަ ނުކޮށްގެން އުޅުނު ސިޓީ ހާމަކުރުމުން ލިބުނު ލަނޑު ހުރިހާ ކަމެއްގައި ލިބޭކަށް މުއިއްޒު ބޭނުމެއް ނުވާނެއެވެ.

ވެރިކަން ލިބުމުން ހާމަކުރަން ބުނި އެއްވެސް އެއްބަސްވުމެއް އެހެންވެ މުއިއްޒަކަށް ހާމައެއް ނުކުރެވުނެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ކުޑަވެސް ކަމެއް އެއިން އެއްބަސްވުމެއްގައި ނެތުމުން ރައްޔިތުން ކުރިމަތީ ބަރަހަނާ ނުވާން ވެގެން އިންޑިއާ އާއި އެކުވެފައިވާ އެއްވެސް އެއްބަސް ވުމެއް ހާމަކުރާކަށް ނުކެރުނެވެ. އިންޑިއާ އާއި އެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ތަކުގެ ތެރެއިން އައު ނުކުރާން ނިންމީ ކަނޑު ދިރާސާ ކުރުމާބެހޭ އެއްބަސްވުން އެކަންޏެވެ. އެންމެ ބާރަށް ހަޅޭލީ ޔޫޓީއެފް އެއްބަސްވުމުގެ ވާހަކަ ނުވެސް ދައްކައެވެ. 

އިންޑިއާ އާއިއެކު ވެފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރީ ޗައިނާއާއިއެކު އެކަމަށް އެއްބަސް ވުމަށެވެ. ޗައިނާއަށް ގޮސް އެއްބަސްވުން ތަކުގައި ސޮއި ކުރުމާއެކު ޗައިނާގައި އޮންނަ އެންމެ މަތީފެންވަރުގައި ކަނޑުގެ ސާރވޭ ކުރާ އުޅަނދު ރާއްޖެއަށް އަންނަން ހުއްދަދީ އިންޑިއާ ކަނޑުއަޑީގެ ސާރވޭ ކުރުމުގެ ފުރުސަތު ޗައިނާއަށް ރާއްޖޭން ދިނީއެވެ. ގައުމީ ސަލާމަތަށް ނުރައްކާ ވެގެން އިންޑިއާ އާއި ވަތްކަނޑާލާ ޗައިނާއަށް ރާއްޖެ ހުޅުވާލީއެވެ. 

ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއު ތަކަށް އިންޑިއާއިން އެހީތެރިވެ ބައެއް ބޮޑެތި މަޝްރޫއު އިންޑިއާ ކުންފުނިތައް މެދުވެރިކޮށް ކުރީ ސަރުކާރުން ހިންގާތީ ރާއްޖޭގެ ދަހިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވައްދާކަމަށް ވެގެން ލީހަޅޭކުގައި ވެރިކަން ބަދަލުވެ މުއިއްޒު ވެރިކަމަށް ސަވާރުވުމުން މި ޖެހުނީ ވަކިން ކޮންތަކު ހެއްޔެވެ. ޗައިނާއިން ކަނޑު ސާރވޭކޮށް މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭސް އަޅަން އެއްބަސްވެ ނިމުނީއެވެ. ރަށްރަށުގައި ނަރުދަމާ އަޅާ މަދަރުސާ އަޅާ މިސްކިތްއަޅާ ކައިވެނި ކޮށްދީ މީހުން ވަޅުލާ ހެދުމާ ޗައިނާ ސަރުކާރުން ހަވާލުވަނީއެވެ. ސަރަހައްދު ބެލެހެއްޓޭ ވަރަށް ނަމުގައި ދިވެހި ސިފައިން ގާބިލު ކުރަނީއެވެ.

މުއިއްޒުގެ ގޮތް ދޫނުކުރުމާއި ނެއްގާނި ހަރުކަށިކަމުގެ ނަތީޖާއެއްގެ ގޮތުން ނިއުކުލިއަރ ދެބާރުގެ ހަނގުރާމައިގެ މައިދާނަކަށް ރާއްޖެ ވެނިމެނީއެވެ. ހައްދު ފަހަނައެޅި ގައުމިއްޔަތުގައި ޗައިނާގެ އަޅަކަށް ރާއްޖެ ވާތަން ދެކެން ތިބޭށެވެ. ޗައިނާގެ ގޮނޑިކޮއްކޮ މުއިއްޒަށް މުލިއާގޭގައި ހެދި ސާޖިދާގެ ޖަކޫޒީން ފެން ފޮދެއްގައި ޖެހެލެވޭނީ ވެސް ޗައިނާ ބުނާ ވަރަކަށް ބުނާ ގޮތަކަށެވެ.  

]]>
Thu, 08 Feb 2024 17:53:20 +0500 ހީރަސްނިއުސް
ގުނޫތު ނާޒިލާ ނުކިޔާން ސީނުން އަމުރުކުރީތަ! https://heerasnews.com/2239 https://heerasnews.com/2239 ފަލަސްތީނަށްޓަކައި ރާއްޖޭގައި ދުއާ ކުރުން މުއިއްޒު ސަރުކާރުން ހުއްޓުވައިފިއެވެ. ހަމާސް ނައްތާލުމުގެ ނަމުގައި ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ގަތުލު އާއްމާ ދެކޮޅަށް ރާއްޖޭގައި ފަށައިގެން ކުރިއަށް ގެންދިޔަ ގުނޫތު ކިޔުން ހުއްޓުވީ ގައިރު ގާނޫނީ ވަޒީރު ޑރ. ޝަހީމުގެ އަމުރަށެވެ. ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކުރެވޭ ކޮންމެ ފަރުލު ނަމާދެއްގެ ފުރަތަމަ ޖަމާއަތުގައި ކިޔަމުން އައި ގުނޫތު ކިޔުން ހުއްޓުވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. 

ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް އިޒްރޭލުން ކުރާ އަނިއާއަށް ކުޑަވެސް ލުޔެއް ނުދެނީސް ކުއްލި ގޮތަކަށް ގުނޫތު ކިޔުން ހުއްޓުވާލި ސަބަބެއް ގައިރު ގާނޫނީ ވަޒީރު ހާމަކޮށެއް ނުދެއެވެ. މިހެން ބުނުމުން ހާސަރު ތަކެއް ދަމާ ނެތް ސަބަބެއް އުފަން ކުރުވާނެއެވެ.

މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާކުރުން ކަމަށް ވާއިރު ގަވައިދުން ކުރެވެމުން އައިކަމެއް ހުއްޓުވާލީ އެކަމަކީ ދީން ވިއްކާ ޝަހީމަށް އަނބުރަށް ފައިސާ ގަނޑެއް ނުލިބޭ ބާއެވެ. ގުނޫތު ނާޒިލާ ކިޔުމަކީވެސް ފައިސާ ލިބޭ ކަމަކަށް ބަދަލުކޮށްގެން ކިޔާ ގުނޫތަކަށް ހަދަނީ ހެއްޔެވެ. 

ފައިސާއަށް ދީން ވިއްކާ ވަޒީރު ފައިސާ ނުލިބޭ ގޮތަކަށް ދީނުގެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އިންތިޒާމް ކުރަނީ ނޫންބާވައެވެ. ފަލަސްތީނަށް އެހީތެރިވުމުގެ ނަމުގައި ގުނޫތުގައި ބައިވެރި ވުމަށް ކޮންމެ މީހަކު ވަކި ޗަންދާއެއް ދައްކާ ގޮތަށް ހަމަ ޖެއްސުމަކީ ވެސް ދުރުކަމެއް ނޫންތާއެވެ. 

ފަލަސްތީނަށް ނަސްރު ދެއްވުން އެދި ރާއްޖޭގައި ގުނޫތު ކިޔާކަން އެނގިގެން އެކަން ހުއްޓުވުމަށް ސީނުން އަމުރުކުރީ ނޫން ކަމެއްވެސް ނޭގެއެވެ. ޔޫގޫރު މުސްލިމް މުޖުތަމައަށް ރޯދައަށް ތިބުން މަނާކުރާ ބަޔެއްގެ އުނގަށް ވެއްޓިގަތީމާ އެ ވަރުކަމެއް ހުއްޓުވުމަކީ ވެސް ވެދާނެ ކަމެކެވެ. 

ރޮހިންޔާ މައްސަލަައިގައި ދުނިޔޭގެ ކޯޓުގައި ހިންގި މައްސަލައަށް ކުރީ ސަރުކާރުން ތަދައްހުލު ވެފައި އޮތަތީ އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާއިން ދުނިޔޭގެ ކޯޓުގައި ހިންގާ މައްސަލައިގެ ތެރެއަށް ރާއްޖޭން ތަދައްހުލު ނުވެ އޮތީ ކީއްވެތޯ މި ނޫހުައި ލިޔުނީމާ އޭގެ ދެ ދުވަސްފަހުން އެ މައްސަލައަށް ރާއްޖޭން ތަދައްހުލު ވެއްޖެއެވެ. 

އިޒްރޭލު ޕާސްޕޯޓް މަނާ ކުރަން ނުކެރި ފަހައްތު ފަޔަށް ބަރުވެ އެކި ބަހަނާ ދައްކަނިކޮށް އިޒްރޭލުން ރާއްޖެ ބޮއިކޮޓް ކުރީއެވެ. އިޒްރޭލުގެ މަސްލަހަތު ހުރި ހުރިހާ ވިޔަފާރި ބާރަށް ރާއްޖޭގައި ހިންގުވާ އިޒްރޭލަށް ފައިސާ ޖަހާދޭ މެޝިނަކަށް ރާއްޖެ ހަދައިގެން ހިރުވާތަން ކަހާވެސް ނުލާ އެބަތިބެއެވެ.

އެހެން ކަމުން ކިޔަމުން އައި ގުނޫތު ނާޒިލާ ހުއްޓާލުމުން ވެސް އެނގެނީ ފަލަސްތީނު މައްސަލައިގައި ކޯޓުގައިވީ ތަދައްހުލަކީ އައސީޖޭގައި ވަކަލާތުކުރުމުގެ ނަމުގައި ބައި އަޅާގެން ދައުލަތުން ލާރި ގަނޑެއް ދަވާލަން ކުރިކަމެއް ކަމެވެ. މި ދާވަރުން ދަންޏާ ނަމާދަށް މިސްކިތަށް އަރާ މީހުން އަތުންވެސް ޝަހީމު ޗަންދާ ނަގާނެއެވެ. 

]]>
Sun, 04 Feb 2024 17:57:00 +0500 ހީރަސްނިއުސް
އިންޑޯ&ޗައިނާ ވާދައިގެ މެދަށްލާ މުއިއްޒު ރާއްޖެ ފިއްތާލިގޮތް. https://heerasnews.com/2236 https://heerasnews.com/2236 އެންމެނާ ގުޅޭ އެކުވެރި ސުލްޙަވެރި މެހެމާންދާރީ އަދާ ކުރުމުގައި ދުނިޔެއަށް ނަމޫނާ ދެއްކި ދިވެހިރާއްޖޭގެ ރީތިނަން ކިލަނބުވެ މާޒީގެ ތެރެއަށް ގޮސް އޮބާލަނީއެވެ.  

މިހާރުމިއީ ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ އަވަށްޓެރި އިންޑިއާ އާއި މާދުރުގައި އޮތް ޗައިނާގެ ވާދައިގެ އަލިފާނަށް ދަރުއަޅައިދޭ ގައުމެވެ.

މިހިނދުން މިހިނދަށް ހިނގާ ކަމަކީ ރާއްޖޭގެ އިރުމައްޗާ ހުޅަނގުގެ އިގްތިޞޯދީ އިިމުގައި ޗައިނާގެ ޖާސޫސީ މަނަވަރު ފަހަރުން އަތްފުނާ އަޅަމުން ކުރާ ކަމެއް ކުރަނީއެވެ. އަނެއްކޮޅުން ރާއްޖޭގެ އުތުރުން ގޮވާލީމާ އަޑު އިވޭ ހިސާބު ކައިރީގައި އޮތް އިންޑިއާގެ ސަރަހައްދު ބަލަހައްޓާ މަނަވަރު ފަހަރުން ހަތިޔާރާއެކު ދިވެހި މަސްދޯނި ފަހަރަށް އަރާ ބަލާފާސް ކުރަނީއެވެ. 

އަމިއްލަ ސަރަހައްދު ބެލެހެއްޓޭވަރުގެ ގާބިލްކަން ނެތް ވާހަކަ ރާއްޖޭގެ އަސްކަރިއްޔާގެ ޖެނެރަލުން ތަކުރާރުކޮށް ބުނެބުނެ އޮއްވާ ވެރިކަމުގެ އެދުމުގައި އުޅެގަތް ގޮތުން ދިވެހިރާއްޖެ މިވަނީ ދުނިޔޭގެ ބޮޑު ދެބާރެއްގެ ވާދަވެރި ކަމުގެ ޝިކާރައަކަށްވެ، އެދެމެދުގައި ތާށިވެފައެވެ.

ބެދިފައިހުރި މަޅި ދުވަހެއް ދުވަހަކަށް ބާރުވެ ދިވެހިންނަށް ނޭވާ ނުލެވުނަސް ތިމާމެންނަށް ރާއްޖޭގެ ވެރިކަން ލިބެނިކޮށް ހެޔޮވެފައެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ ސުލްޙައަށް ލޯބި ކުރިގައުމެކެވެ. އެންމެނާ އެކުވެރި އެންމެންގެ ރުހުން ލިބިފައިއޮތް ފަޚްރުވެރި މިނިވަން މުސްތަގިއްލު ގައުމެކެވެ.  ނަމަވެސް ވެރިކަމުގެ އެދުމުގައި ނެތް މައްސަލަތައް އުފައްދާ ބޮޑުކޮށް، ފިތުނަވެރި ނަފްރަތުގެ ބަސްތައް ތިމާމެންނާ އަރާ އަރަފޯދިގެންނުވާ ބޮޑެތި ގައުމުތަކާ އެގައުމުތަކުގެ ސަރުކާރަށް އަމާޒުކުރީ ލައްކައެކޭ ހީވެގެން ތިބެއެވެ.

އެއްބަޔަކަށް ވިކި ހުސްވެގެން އަނެއް ބަޔަކާ ދިމާކުރީމާ އެއީ ކޮން ގައުމިއްޔަތަކާ، ކޮން މިނިވަންކަމަކާ އިސްތިގުލާލަކާ ސިޔާދަތެއް ހެއްޔެވެ؟

ދީނާ ގައުމުދެކެ ލޯބިވާކަން ދައްކަނީ ވެރިކަމުގެ އެދުމުގައި، ހަމައެކަނި ބޭރު ފުށަށެވެ. މިހެން ކިޔައިގެން ނުކުމެ އުޅެނީ އެހެން ދިވެހިންގެ ނެތް ލޯތްބަކާ ހުރުމަތެއް ދީނާ ގައުމަށް ހުރެގެން ކަމެއް ދެނަހުރި މީހަކު ނެތެވެ. ރާއްޖެ ކުޑަވީމާ މިއުޅޭ އެންމެންނަކީ ދެންތިބި މީހުންވެސް ދެކެފަރިތަ ދަންނަ، އެމީހުންގެ މާޒީއާ އުޅުމާ ގުޅުންތައް އެނގޭ މީހުންނެވެ. 

ފައިސާ ފޮއްޗެއް އަތުޖެހެން އޮތިއްޔާ އެދިރުވާ ނުލާ ލޮލުފިޔަ ނުޖެހުނު މީހުން ވެރިކަން ބޭނުންވީމާ ގައުމުދެކެ ލޯބިން ދެފައިގާތް ނުވާ އަމާނާތްތެރިން ކަމުގައި ހެދިގަނެއެވެ. ލާާހެއްދެވިހާ ގޮތަކަށް އުޅެމުން، ދޮގެއް ހެދެން އޮއްވާ ތެދެއް ނުބުނެ، އަނބުރައިގަނެގެން ވެސް ހުޅަނގަށް ބޯއޮންނަ ގޮތަށް ނުވެއްޓި އުމުރުހުސް ކުރާ އިރު، ވެރިކަމާ ޖެހުމުން އިސްލާމް ދީން ދެކެ އެހެރަވާ ކަމަށް ދައްކާ ގިރިޓީ ލޯތްބެކެވެ.

ބުނަން ހެއްޔެވެ؟ މާދީނީ އަދި ގައުމީ ވެގެން ތިޔަ އުޅޭ އެކަކީ ވެސް އެތެރޭގައި އޭގެ ކަންފުޅެއްވެސް ނެތި ކުއްލިއަކަށް ދެހަން ދޭތެރެއަށް ގައުމިއްޔަތު ވަދެގެން ތުރުތުރު އަޅާ މީހުންނެވެ. ތިޔައީ ހަމަ އެހެންވެސް މިއުޅޭ ދިވެހިން ފަދަ މީހުންނެވެ. ގައުމިއްޔަތުގައި ޖެހިގެން އަނގައިން ފޮނުއަރުވާ އަތްފައި ބަޅާބުޅި އަރުވަނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ވެރިކަން ހޯދައިގެން ޖީބު ބޮޑުކުރުމުގެ ބޭނުމުގައި އެކަންޏެވެ.

ހައްދުފަހަނަ އެޅި ގައުމިއްޔަތު އަމިއްލަ އެދުމަށްޓަކާ ކުރިއަށް ނެރެގެން ވަޖިދުވުމުން ގައުމަށް ވަމުންދާ ގެއްލުން ދެކޭށެވެ. ދުނިޔޭގެ ކުރިމަތީގައި އޮތް ސުލްހަވެރި އެކުވެރި ދިވެހިރާއްޖެ މިއޮތީ ތަޅާފޮޅާ ޒުވާބު ކުރަން މަގުމަތީގައި އުޅޭހެން އިންޑިއާ ކަނޑުގައި އުޅޭ ޕާޓޭ އަކަށް ވެފައެވެ.

ހުރިހާ ގެއްލުމެއް އޮތީ ރައްޔިތުންނަށެވެ. ގައުމުގެ އިރާ ހުޅަނގުގެ އިގްތިޞޯދީ އިމުގައި ޗައިނާގެ މަނަވަރުތައް ޖާސޫސް ކުރަނީއެވެ. އުތުރުން މަހަށް ނުކުންނަ ދޯނި ފަހަރަށް އިންޑިއާގެ ބޯޑަރު ސިފައިން ހަތިޔާރާ އެކު އަރާ ފާސްކުރަނީއެވެ.

ދިވެހިންގެ ރާއްޖެއޭ ކިޔަމުން ވެރިކަމަށް އަރާ ގައުމު މިއޮތީ ކާޅަށްދީފައެވެ. މިއަށްވުރެ ބޮޑު އަނިޔާއެއް، ޚިޔާނާތެއް ދިވެހިންގެ ބަޔަކު މިގައުމަކާ ކުރިމައްޗެއް ނުކުރެއެވެ.

]]>
Sun, 04 Feb 2024 11:47:53 +0500 ހީރަސްނިއުސް
ޖުޑިޝަރީއާއި މަޖިލީހުގެ ހުރުމަތްކެނޑި މުއިއްޒު އަޒުލުކުރުން ލާޒިމް! https://heerasnews.com/2228 https://heerasnews.com/2228 ޑރ. މުއިއްޒަށް ގާނޫނާއި ބެސްޓް ޕްރެކްޓިސްއަކީ އެއްވެސް އެއްޗެއް ނޫނެވެ. މުއިއްޒު ބޭނުންވާހާ ގޮތަކީ ހަމައެވެ. ލަމައެވެ. ބެސްޓް ޕްރެކްޓިސްއެވެ. މުއިއްޒު ކަންކަން ހާސިލު ކުރުމުގައި ގެންގުޅޭ ހަމައަކީ އަކުރުން އަކުރަށް ގާނޫނުގައި ނެތް ކޮންމެ ކަމަކީ ހުއްދަކަމެއް ކަމުގައި ދުށުމެވެ.

ބަރަހަނާ ހާލުގައި މަޖީދީމަގު މެދުގައި އަނބިފިރި ކަމުގެ ގުޅުން ނުހިންގޭނެ ކަމަކަށް ގާނޫނަކު ނެތެވެ. އެއްވެސް ގާނޫނަކުން މަނާކަމެއް ނޫނޭ ބުނެ އެކަން އެގޮތަށް ކުރަންވީހެއްޔެވެ. ގާނޫނު ތަކުން ކަންކަން ބަޔާން ކުރެވިފައި ހުންނަނީ އެކަމެއްގެ މުޅި މަފްހޫމް ވަށާޖެހޭ ގޮތަށެވެ. ބަޔަކު ބޭނުން ވީމާ ބޭނުންވާހާ ގޮތަކަށް ކަންކަން ކުރާކަށް ނޫނެވެ. 

ޝަރުއީ ހުކުމެއްގެ ދަށުން ބަންދުގައި ހުރި މީހަކަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ވުމަކީ ހުއްދަކަމެއް ނޫނެވެ. ބަންދުގައި ހުރި މީހެއްގެ އަޑާއި ވީޑިއޯއާއި ފޮޓޯ ބޭނުން ކޮށްގެން ސިޔާސީ ކެންޕޭން ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތުމުން ތާއީދު ހޯދުމަށް ބަންދުގައި ހުރި މީހެއްގެ ފޮޓޯ ބޭނުން ކޮށްގެން ކެންޕޭން ކުރުން އޮތީ ހަލާލުކޮށްފައެވެ.

ހުސްގޮނޑިއެއް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓު ނުހޯދޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ. ވަޒީރުންގެ މައްޗަށް ވަޒީރުން އިސްކޮށްގެން ވެރިކަން ނުކުރެވޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ. ޝަރުއީކޯޓަކުން ކުރާ ހުކުމަކީ ހަރާން ހުކުމެއް ކަމަށް ބުނެ އަޑުއުފުލާ ޝަރުއީ ނިޒާމްގެ ހުރުމަތް ކަނޑާގެން ކެންޕޭނު ނުކުރެވޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ. މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން ހަމަ އެ މަގާމަށް އައްޔަނު ނުކުރެވޭނެ ކަމަކަށް ވެސް ގާނޫނަކު ނެތެވެ.

ކިހާ ފައްކާ ހެއްޔެވެ. މުއިއްޒު ވެރިކަމަށް އައީ ޝަރުއީ ހުކުމް ހަރާންކޮށް ހަރާން ހުކުން ވިއްކައިގެން ދައުލަތުގެ އެއްބާރު ކަމުގައިވާ ޖުޑިޝަރީގެ ހުރުމަތް ކަނޑާ ބާރު ކަނޑުވާލައިގެންނެވެ. ވެރިކަމަށް އެރުމަށް ފަހު ދައުލަތުގެ އަނެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލީއެވެ. ރައްޔިތުން އިންތިހާބުކޮށްފައި ތިބި ބަޔަކު ރިޝްވަތުދީގެން އެމީހުން ހޮވި ރައްޔިތުންގެ މޫނުގައި މުއިއްޒު ކޮޅުފައި ޖަހާ މަޖިލިސް ގަނޑުކޮށް ހަރާބުކޮށްލާ މަޖިލީހުގެ އިތުބާރު ކަނޑުވާލީއެވެ. ރައްޔުތުންގެ މަޖިލީހުން ރުހުން ނުދިން ތިން މީހުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށް މަޖިލީހުގެ ހުރުމަތާއި ބާރު ކަނޑުވާލީއެވެ. 

ޖުޑިޝަރީގެ ހުރުމަތް ކަނޑާ، ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް ޗެލެންޖުކޮށް މަޖިލީހުގެ ބާރު ކަނޑުވާލުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ. ގާނޫނު އަސާސީއާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތަން މާތްކަލާނގެ ގަންދީ ކޮށްގެން ހުރި ހުވަޔާ ޑރ، މުއިއްޒު ހިލާފު ވެއްޖެއެވެ. މުއިއްޒުގެ މައްޗަށް ހުވަޔާ ހިލާފުވުމުގެ ދައުވާކޮށް ރައީސް ކަމުގެ މަގާމުން އަޒުލު ކުރަން މަޖުބޫރެވެ.     

]]>
Thu, 01 Feb 2024 04:00:00 +0500 ހީރަސްނިއުސް
4 ވަޒީރުންނާހެދި އިތުބާރުނެތިގެން ވެއްޓޭ ރައީސަކަށް ހޮޅި މުއިއްޒު https://heerasnews.com/2226 https://heerasnews.com/2226 ވަޒީރުންގެ މަޖިލީހަކީ ރައީސް އެކަންޏަށް ފެންނަ ގޮތަކަށް އެކުލަވާލެވެން އޮންނަ މަޖިލީހެއްނޫނެވެ. ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދައިން ރައީސަށް ލިބިދޭ ބާރަކުން ނޫނެވެ. ވަޒީރުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭ މަޖިލީހެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި އެންމެ ހިދުކޮޅަކަށްވެސް ވަޒީރުންގެ މަޖިލީހުގައި މީހަކަށް ނުހުރެވޭނެއެވެ. ގާނޫނު އަސާސީ ލާޒިމު ކުރާ ގޮތަކީ އެއީއެވެ. 

ވަޒީރުންގެ މަޖިލީހަކީ މުތުލަގަށް ރައީސަށް ފެންނަހާ ބަޔަކު ލައިގެން އެކުލަވާލެވިފައި އޮންނަތަނަކަށް ނުވާގޮތަށް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮންނަނީ ސަމާސާއަކަށް ނޫނެވެ. ރައީސަކަށް އަންނަ މީހެއްގެ ގޮތުން މުޅި ސަރުކާރުގެ ހަމަ ލަމަ ގެއްލި ދައުލަތް ބޮލަފޮށާ އެޅުމުން ސަލާމަތް ކުރުމަށްޓަކައެވެ. ރައީސްގެ ކުޅޭކުޅޭ ބުދުތަކަކަށް ވަޒީރުންވެ އެޅިހާ ބަތަކަށް ރިހަވެގެން ދައުލަތް އޮޔާ ދުއްވަލިޔަ ނުދިނުމަށްޓަކައެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ހޮދުމުހުތާރު ގޮށްމުށުގެ ވެރިކަމެއް ހިންގިޔަ ނުދިނުމަށްޓަކައެވެ. 

ރާއްޖޭގެ މިހާރުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކޮލިޓީގެ މީހެއްނޫނެވެ. ހުސްގޮނޑިއަކާއި އެހެން މީހެއްގެ ފޮޓޯއެއް ދައްކައިގެން މަކަރާ ހީލަތުން ވެރިކަން ހޯދައިގެން ހުރި މީހެކެވެ. އޭނާ ވެރިކަން ދިފާއުކުރުމަށްޓަކާ ފާޅުގައި ދިވެހި ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓާލަމުން އެދަނީ އެޔެއް މިޔެއް ނުބަލައެވެ. ރިޝްވަތު ދިނުމުގައި މޫނެއް ކަނދުރާއެއް ރެޔެއް ދުވާލެއް ނުބަލައެވެ. 

ރާއްޖޭގެ ތާރީހުގައި ރައްޔިތުންގެ މަޖިލީހުން އެއްފަހަރާ އެންމެ ގިނަ މެންބަރުން ރިޝްވަތު ދީގެން ގަނެލުމުގެ ރެކޯޑް އޭނާ ހަދައިފިއެވެ. އުޑެއް ބުޑެއް ނޭނގޭ އެތައް ބަޔަކު ވަޒިރުނަށް ހަދައިގެން ދައުލަތުގެ ފައިސާ އިސްރާފް ކުރަނީއެވެ. ހައްދެއް ނެތްވަރަށް ސިޔާސީ މަގާމު އުފައްދައިގެން މުސާރަދީގެން އަޅުންގެ އަޅުން އުފެއްދުމުގައި އެއްރަށެއް އެއްއާއިލާއެއް ނުބަލައެވެ. އެހިނދަކަށް ހާސިލު ކުރަން ބޭނުން ކަމެއް ކުރުމުގައި ބިރެއް ކަމެއް ނުގަނެއެވެ. 

ގޭންގްތަކާއި ހަރުކަށި ހައްދުފަހަނަ އެޅުން ބާރުވެރި ކުރުވާ ދީނާއި ގައުމިއްޔަތަކީ ވެރިކަން ދަމަހައްޓަން ގެންގުޅޭ ހަތިޔާރަށް ހަދައިފިއެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި ބަވަނަވެތި ދުނިޔޭގެ އޮއިވަރުގައި ކޮޅުނަގައިގެން ގައުމު ނުރައްކަލަށް ވައްޓާލައިފިއެވެ. ވެރިކަމަށް ގެނެސްދިން މައިޕާޓީގެ ބާރު ކަނޑުވާލާ ޕީޕީއެމް އަޅުވެތިކޮށްފިއެވެ. 

ހަޑިމުޑުދާރުކަމާއި ގޮތްކުޑަކަން ހައްދު ފަހަނައަޅާ އެންމެ ފަހުން ދައުލަތުގެ ތިން ބާރުން އެއްބާރުގެ ވާގިނައްތާލަން ދިމާކުރީއެވެ. ވަޒީރުންގެ މަޖީލީހުގެ އެންމެންނަށް ރުހުން މަޖިލީހުން ނުދޭނެ ކަމަށް ބުނުމުންނެވެ. އެންމެ ހަތަރު ވަޒީރުންނަށް ރުހުން ނުލިބިގެން ސަރުކާރު ހުއްޓޭވަރު އާރެއް ބާރެއް ނެތް ސަރުކާރަކަށް ވީމާ އަނިޔާވެރިކަން އިސްކޮށްގެން ނޫނީ ކެތެއް ނުވާނެއެވެ. ދުންމާރި ފުމެން ކުދިންކޮޅެއް ގަނެގެން މަޖިލީހުގެ އެތެރޭގައާއި ބޭރުގައި ދުންމާރި ފުމުނަކަސް މޭކަރައިގެން އިދިކޮޅުން މުއިއްޒު ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެއެވެ. އެންމެ ފަހުން އިތުބާރުނެތް ރައީސެއްގެ ގޮތުގައި ވެރިކަމުން ވެއްޓޭ ރައީސަކަށް ހޮޅި މުއިއްޒު ވެގެން ދަނީއެވެ.    

]]>
Mon, 29 Jan 2024 13:27:59 +0500 ހީރަސްނިއުސް
ޝަހީމަށް: ދީން ވިއްކައިގެން ބައްކުރެވޭނީ މުއިއްޒު ބޮޑުކޮށްގެން! https://heerasnews.com/2218 https://heerasnews.com/2218 ވާހަކައެއް ދައްކާއިރު ލަދެއް ހަޔާތެއް ނުހުރެއެވެ. އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވެހުރި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ގޮތް ހުރި ދުރުވިސްނޭ މީހެއް ކަމަށް ހީކުރެވުނެވެ. އިސްލާމް ދީން ރޯފިލާފައި ހުރެގެން ދޮގުވާހަކަ ނުދައްކާނެންޏާ ޑރ. ޝަހީމު ދޮގުވާހަކައެއް ނުދައްކާނެއެވެ. އެކަމަކު ޝަޙީމް ހުންނަނީ ދޮގު ހެދުމާއި އޮޅުވާލުމާއި ހިޔާނާތްތެރި ވުމުގައި އެހެން މީހުނަށްވުރެ ހަފޮނު ކުރީގައެވެ.

މުއިއްޒު ވެރިކަމަށް އެރިއިރު އިސްލަމިކް މިނިސްޓްރީގައި އޮތް 27 މިލިއަން ރުފިޔާގެ ދަރަނި އަދާކުރެވޭނެ މަގު ދެ މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ހަމަޖައްސާ ދިނީ ކޮންތާކުން ފައިސާ ނެރެގެން ހެއްޔެވެ. ކޮން އިރަކު ހޯދާފައި ހުރި ފައިސާ އަކުން ހެއްޔެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެމަހު މިރާއްޖެއަށް ޓްރިލިއަނުން ފައިސާ ފެންމަތި ވީހެއްޔެވެ.

އެހިޔަސް ނޭހިޔަސް ޕަބްލިކް ފޯރަމް ބާއްވައިގެން ތިޔަކުޅެނީ ކޮން ޑްރާމާއެއްކަން އެންމެނަށް އެނގެއެވެ. މިހާ ކުރީކޮޅު ގިނަ ގިނައިން އަވަސް އަވަހަށް ފޯރަމްތައް ބާއްވައިގެން ކެނޑުނުހާ ފޮންޏެއް ކަނޑާށެވެ. ރައްޔިތުންގެ މަޖިލީސްގެ އިންތިހާބު ނިމެންދެން ތިޔަ ގަނޑު ހުއްޓާނުލާ ވާނީ ގަންނާށެވެ. ތިޔަ ޑްރާމާތަކުގައި ސީޒަންމެން ކަހަލަ ސްޓާރުން ބައިވެރި ނުކޮށެއް ކަމަކު ނުދާނެއެވެ. 

ޝަހީމޫއެވެ. މުއިއްޒު ކެބިނެޓްގައި ހުރެގެން މުއިއްޒަކީ މާކަންވާ މީހެކޭ ނުކިޔާ ތިޔަ މަގާމަކު ނުހުރެވޭނެއެވެ. ކެބިނެޓް ވަޒީރަކު ރައީސް މުއިއްޒަށް ކުރާ ތައުރީފަކީ ހަގީގަތެއް ނޫންކަން އެންމެނަށްވެސް އެނގޭނެއެވެ. މާ ކަންވާ ބައެއްކަމަށް ހެދެން ވެގެން ކުރީ ސަރުކާރުން ކުރަމުން އައި ކަންކަން ވެރިކަމާ ހަވާލުވިއިރު ހުރީ ހުއްޓިފައި ކަމަށާއި އެކަންކަން ވަރަށް އަވަހަށް ފަށާނެ ކަމަށް ކޮންމެ މީހަކު އަނގަފުރާފައި އެބަބުނެއެވެ.

ޓެކްނިކަލް ބައެއް ކަންކަމާ ހުރެ މަދު ކަމެއް މަޑު ޖެހިލާފައި އޮތަސް ކުރީގެ ވެރިކަމުން އެވޯޑްކޮށްގެން ބަޔަކު ލައްވާ މަސައްކަތްފަށާ ހިނގަމުން ދަނިކޮށް ވެރިކަން ބަދަލުވުމުން ގިނަ މަސައްކަތްތައް ހުއްޓުވީ މުއިއްޒު ސަރުކާރުންކަން ބަޔަކަށް އޮޅެގެނެއް ނޫޅެއެވެ. ކުރީ ސަރުކާރުން ކަމެއް ކުރަން ނުފަށާ އޮތްނަމަ ހުއްޓިފައި އެއްވެސް ކަމެއް ނުއޮތީހެވެ. އެކަމުންވެސް ތިޔަ ޕްރޫފް ކޮށްދެނީ ކުރީ ސަރުކާރުން ހުއްޓާނުލާ ގިނަގުނަ ކަންތައްތަކެއް ކޮށްދެމުން އައިސްފައިވާކަމެވެ. ކުރިން ކުރަމުން އައި ކަންކަން މުއިއްޒު ވެރިކަމަށް އެރިގޮތަށް ހުއްޓުވާލައިގެން ހުރިކަމެވެ. ތިޔަ ކުޅޭ ކުރީ ސަރުކާރު ފިލްމަކީ މާކުރީން ކުޅެ ނިމިފައިވާ ފިލްމެކެވެ.

އާނއެކެވެ. ކެބިނެޓް މެންބަރުންގެ ހައިސިއްޔަތުން ޝަހީމުމެން ބުނަންޖެހޭނީ މުއިއްޒުގެ ހިދުމަތަކީ ރަން އަކުރުން ލިޔަން ޖެހޭ ހިދުމަތް ތަކެއް ކަމަށެވެ. އެހެން ނޫނީ ތިޔަ މަގާމަކު ނުތިބެވޭނެއެވެ. ހައްޖު އުމުރާގެ ފައިސާއާއި ޒަކާތު ފައިސާއާއި ވަގުފު ހިލާލުމުގައި އަމިއްލަ ވިޔަފާރި ޕާޓްނަރަށް ބާރުދީގެން ދީން ވިއްކައިގެން ފައިސާ ބައްކުރާކަށް ނުހުރެވޭނެއެވެ.

]]>
Fri, 26 Jan 2024 15:23:14 +0500 ހީރަސްނިއުސް
ރައީސް ޔާމީން މިނިވަންކުރާ މަގުޗާޓް ކުރެހިއްޖެ!؟ https://heerasnews.com/2211 https://heerasnews.com/2211 ދޫވެހިން ކަނޑުއަޑީ ޓަނަލުން ގޮސް ރަސްމާލެއަށް ރައީސް ޔާމީނު މިނިވަންކޮށް ދޫކޮށްލަނީ ތޯއްޗެކެވެ. އެހެންވެއްޖެ ނަމަ، 11 އަހަރުގެ ހުކުމް ހަމަވިޔަސް ރައީސް ޔާމީން ހުންނަވާނީ ބަންދުގައެވެ.

ދޮގުހެދުމަކީ ވޯޓުން މަޖިލިސް ގޮނޑިތައް ވެސް ކަހާލެވޭނެ ކަމަކީ ތާއެވެ. ބަޔަކު މޮޔައެއް ނުވާނެ ހެެއްޔެވެ؟ ހުވާ ކުރާގޮތަށް މިނިވަން ކުރަން ވައުދުވި ރައީސް ޔާމީނު ބަންދުގައެވެ. ވެރިކަމަށް އަރާ ގޮތަށް ބާލަން ބުނި ހަތިޔާރު އެޅި 2 ހާސް އިންޑިއާ ސިފައިން ވީތަނެއް ނޭނގެއެވެ. ރޯދައަށް ހެޔޮއަގުގައި މުދާކޮޅެއް ގަންނަން ވިޔަފާރި ވެރިޔަކަށް އަދި ބޭރުގައި ހުރި ކިޔަވާ ކުއްޖަކަށް ފޮނުވަން ފަސޭހަ ރަހުމަތަކުން ގަނެވޭނެ ޑޮލަރެއް ބޭންކުގައި ހުރީއެއް ނޫނެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ފަތުއަޑު ކިޔާފައި އުފުލެނީއެވެ.

ފެންފޮދެއް ވެހިލައިފިއްޔާ ރަށުއެންމެން އުނަގަނޑުތާ ފެނުގައެވެ. ފެން ހިނދިއްޖެއްޔާ މަގުތަކުގައި ބުޅާ ގުޔެވެ. ބާނާ މަސް ކިރުވައެވެ. ދޭނެ ލާރިއެއްނެތި މަސްވެރިންނަށް ސަރުކާރު ދަރައެވެ. މުސާރަ ނުދެވިގެން ކުންފުނިތަކުގައި ތިބި ނިކަމެތި މުވައްޒަފުން ކަނޑާ މަގުމަތި ކުރަނީއެވެ. ބޮޑުބައްޔެއް ވެގެން ފަރުވާއަށް  މާލެ ގެންނަން ޖެހިއްޖެ ނަމަ ފުރާނަ އާ މާތްރަސްކަލާނގެއާ ވަކީލެވެ. ރަށްރަށުގައި ހިންގި މަޝްރޫއުތައް ހުއްޓިފައެވެ. 

އެކަމަކު ފުންކަމާ ގަދައޮޔާ މޫސުމީ ސިންގާތަކެއް ފަދަ ބިޔަ ރާޅުނަގާ ވާދޫ ކަނޑު އަޑިން ބިއްލޫރި ޓަނަލެއް ދަމާ މާލެއާ ބިޔާދޫ އަތޮޅު ކަނޑު އަޑިން ގުޅާލަން ރައީސް މުއިއްޒު އެއޮއް ވަޢުދުވީއެވެ. ވައިސަރީއެވެ.

މިހިރައިވޭ ފޮނިބައިސާ ތަކާއި ދޮގު ހުސް ހޮޅި ވައުދު ތަކުގައި ދިވެހިން އޮޔާލާ ގެއްލި ހަލާކުވާން ކުރިމަތީގައި ދެން އޮތީ މިއަވާގައި ޖެހިގެން މަޖިލިސް ވޯޓު ސަރުކާރުން ދައްކާ ކެންޑިޑޭޓުންނަށް ދިނުމެވެ.

ހަމަ މިހެން ކެއްކި ހިޔާލީ ފޮލައާއި ބުއި ބޮނޑިން ތަލިފިހި އެދިލައިގާ އަނގަ ހުޅުވިފައި ތިއްބާ، އަނެއް އިންތިހާބަށް އަނެއް ތެލިވަރުތައް ކައްކަން ފެށީއެވެ.

ކުށުގެ ރެކޯރޑްގެ ކެންޑިޑޭޓުން ގިނަވެ ފިތުނަ ފަސާދަ ބޮޑުވެ، އިހުލާސްތެރިކަން ކުޑައޭ ބުނެ ވާދަކުރުން މަނާކުރި މީހުން ނުކުރާ ކުށަށް ރައީސްގެ ހެޔޮފުޅު ކަމުން މެންދުރުފަހު މާފު ދިނީމާ ހާދަހާވާ ރަނގަޅެވެ. ކިޔޭ ނުކިޔޭ އެއް، ހެދޭ ނުހެދޭއެއް އެބަ އެނގޭ ހެއްޔެވެ؟ 

ރިޔާސީ އިންތިހާބުން މޮޅުވާން ހެދި ދޮގުގިނަވެފައި ބިޔަ ކަމުން މަޖިލިސް އިންތިހާބަށް ހަދާ ތެދުވެސް ދޮގަށްވެ މީހުންތައް ސަރުކާރު ދެކެ ފޫހިވަމުން ދަނީ އަމަށަކު ވަރަކަށް ނޫނެވެ. 

އެންމެ މޮޅުގޮތެއް ކަމަށް ފެންނަނީ ކެމްޕޭނު ނުކޮށް އަރާމުގައި ތިބެ މިހާރު ތިޔަ ހަދާ ގޮތަށް ހޮވުނީމާ ހޮވޭ މީހާ ގަންނާނީއެވެ. އޭރުން ކުރަންޖެހޭ މަސައްކަތް ކުޑަވެ ހައްޓަށް ލުއިވެ ހިނގާ ހަރަދު ވެސް ކުޑަވާނެއެވެ.

]]>
Wed, 24 Jan 2024 11:25:09 +0500 ހީރަސްނިއުސް
ރައީސް މުއިއްޒަށް ލައިގަތީ މެމްބަރު އިންތިގެ ދުލުވިހަތަ!؟ https://heerasnews.com/2199 https://heerasnews.com/2199 2013 އިން  2018 އަށް ރާއްޖޭގެ ވެރިކަމުގައި އޮތް ޕީޕީއެމްގެ ވެރިކަމުގައި އިދިކޮޅު އެމްޑީޕީ އޮތީ މަގުމަތީގައެވެ. ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައެވެ. ރައީސް މުއިއްޒު ހުންނެވީ ހައުސިންގ މިނިސްޓަރ ކަމުގައެވެ.

މަގުތަކަށް ފަރިތަ، އިހުތިޖާޖަށް މޮޅު، ސީދާ ހަރަކާތަށް ކުޅަދާނަ އެމްޑީޕީގެ ތެރޭންވެސް ނަންހުރި ފާޅުކަން ބޮޑު އަލިގަދަ އެމްޑީޕީގެ އުޖާލާވި ރަންތަރިއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރ އަލްއުސްތާޒް އިމްތިޔާޒު ފަހުމީއެވެ.

އިންތިއަކީ އެމްޑީޕިސްޓުންގެ މެދުގައި ގޮތްއެނގި ގޮތުގައި ހުންނަވާ ކަމަށް ނަން އަރާފައިވާ އެޕާޓީގެ ވަރުގަދަ އެސެޓެކެވެ. ބަލާގާތްތެރިކަމާއި ފަސާހަތްތެރި ކަމުގެ ތޫނު ހަމަލާ ތަކުން ވެރިކަމުގައި އޮތް ޕީޕީއެމް ސަރުކާރު ފޮތިވެ ކުދިކުރަމުން ދިޔަ އެއް ފަހުލަވާނެވެ. 

އެތެރޭގައި ލީ ފުޅާ ރެނދުގައި އެމްޑީޕީ އިރިގެން ދިޔައިރު އިންތި ސޮއްސާލީ، ފޭވެގެން ދުރަށް ވެއްޓުނު ފަޅި ކަމަށްވާ ދަޑިމޮކްރެޓްސްގެ ފެންފިލާ މައްޗަށެވެ. އޭގެ ފަހުން އެމްޑީޕީގެ ފެންފިލާ މަތީގައި އޭރުގެ ސަރުކާރު ސައިޒް ކުރުމަށް އިންތި ދޮށި އެޅި ގޮތަށް ޑިމޮކްރެޓްސްގެ އޮޑީގައި އިންތި ދޮށިއަޅާ ތަނެއް ނުފެނެއެވެ. އެެހެން ނަމަވެސް އިންތިގެ ކިބައިން އިންތިކަން ކެނޑިއްޖެ ކަމަށް ބުނާކަށް ނުކެރޭނެއެވެ.

ރައީސް ޔާމީން ސަރުކާރު ހިންގެވި އިރު އެމްޑީޕީގެ މައިކް އިންތި އަތަށް ހެޔޮވަރު ކޮށްލާ ގޮތް ހަނދާން ކޮށްލީމާ އިންތިގެ ބައެއް ހާއްސަ ބަސްތަކެއް މިއަދުވެސް ހަނދާން ވާނެއެވެ. އެއީ "އެކޮޅުކޮޅުން، ބަޅުކޮށް، އިދިކީލިކޮށް" އޭރުގެ ސަރުކާރު ހިނގާ ވާހަކައެވެ. އޭރު އިންތި އެވިދާޅުވި ސިފަ އޭގެ ފަހުން ފެންނަން މިފެށީ އަދި މާސާފު ކޮންނެވެ.

މާލެ ސިޓީކައުންސިލްގެ ލޯގޯގައި ކުރިން އިންނަނީ މާލޭގެ ހުކުރު މިސްކިތު މުންނާރެވެ. އިސްލާމް ދީނާ ތާރީހާއި ސަގާފަތާއި ގައުމިއްޔަތާއި މާލެ އެއަށްވުރެ ރަނގަޅަށް ރަމްޒުވާ ލޯގޯއެއް މަދުވާނެއެވެ. 

ޕީޕީއެމަށް ވެރިކަން ގެއްލި އެމްޑީޕީ ވެރިކަމަށް އަރާ އޮއްވާ ޕާޓީ ތެރޭގައި ޖެހި ހަޅައިގާ ދެވިލާގަނޑު ދޭތެރެެއިން މާލޭގެ މޭޔަރުކަމަށް ވަޑައިގަތީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ. މަގާމު ލިބިވަޑައިގަތުމާ އެކު އިންތިގެ "ދުލުވިހައިން" ކަމެއް ނޭނގެއެވެ. މޭޔަރު އެކޮޅުކޮޅުން ބަޅުކޮށް އިދިކީލިކޮށް ނިންމެވީ މާލެ ސިޓީ ކައުންސިލްގެ ލޯގޯ ބަދަލު ކުރައްވާށެވެ. 

މިހާރުގެ ގައުމިއްޔަތު މިނިސްޓަރ އާދަމް ނަޞީރަށް ކޮންސަލްޓެންޓް ކަމުގައި ހުރެ އެކަމުގައި މުއިއްޒަށް ދެއްވުނު ލަފައެއް އިރުޝާދެއް ނެތެވެ. މުއިއްޒު ނިންމެވީ ލޯގޯގައި އިން މުންނާރު ތަޅާލާ، ތާރީހާއި ސަގާފަތު އެކޮޅުކޮޅުން ޖަހާ، މާނައެއް މަތުލަބެއް ގައުމިއްޔަތެއް ދީނެއް ރަމްޒު ނުވާ އެކި ކުލައިގެ ރޮނގު ނުވަތަ މަގުތަކަކަށް މާލެ ސިޓީގެ މިހާރުގެ ހުތުރު ލޯގޯ ބަދަލު ކުރާށެވެ. 

މުއިއްޒު ގައުމިއްޔަތު އުވާލި ވާހަކަ އޭރު ބަޔަކު ނުދެއްކީ މިހާރު ފަދައިން ގައުމިއްޔަތުގެ ދަވާދު ލައިގެން އޭރުގެ މޭޔަރު އުޅުއްވާތަން ނުފެންނާތީ ކަމަށް ވެދާނެއެވެ. އަލަށް ހެދި ލޯގޯ މަގުތަކެއްހެން ސިފަކުރެވުނު ފަހުން އިވެންފެށި އަޑަކީ މާލޭގެ މަގުތައް ވިއްކާ ވާހަކައެވެ. 

ކޮންމެ އަކަސް މާލެ ސިޓީ ކައުންސިލްގެ ގައުމިއްޔަތުގެ ލޯގޯގެ ކަންތައް އެކޮޅުކޮޅުން، ބަޅުކޮށް އިދިކީލިކޮށް ނިމިދިޔަ ގޮތަކީ މިއީއެވެ.

ގައުމިއްޔަތާ ދީނާ ހުއްބުލް ވަތަނާ ދިވެހި ދިދައިން ކަޅިވެގެން ވެރިކަމަށް ވަޑައިގަތުމަށް ފަހު ގިނަ ކަންތައް ތަކެއް މެންޑޭޓް ކުރެވުނު އާބަންކޯގެ ނަމާ ލޯގޯ ވެސް ކުރީގެ  ގޮތަށް ހަމައެކަނި ގެދޮރުވެރިކަން ތަމްސީލުވާ ކުރީގެ ފުރާޅު ފެންނަ އެޗްޑީސީގެ ލޯގޯއަށް ދުއްވާލީ އިންތި ވިދާޅުވާހެން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލި ގޮތަށެވެ. 

ފަތުރުވެރިކަމުގެ މަސައްކަތުގައި އަނބި ދަރިންނާ ވަކިން މުޅިއަހަރު އުޅެންޖެހޭ ރިސޯޓްތަކުގެ މުއައްޒަފުންނަށް އެންމެ ބުރަ ދުވަސް ވަރަކީ ޑިސެމްބަރު މަހާއި ޖެނުއަރީ މަހެވެ. ކްރިސް މަހާއި ނިއުޔިއަރއަށް އަންނަ ފަތުރުވެރިންނަށްޓަކާ އެދުވަސްވަރު ރިސޯޓުތައް ހާއްސަވެގެން ދާތީ މުއައްޒަފުންނަށް ޗުއްޓީއަކީ ލިބޭ އެއްޗެއް ނޫނެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރާ ދިމާވާތީ ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މީހުނަށް ދަރިންގެ ޗުއްޓީގައި ދަރިންނާއެކު މުޅި އުމުރުގައިވެސް ޗުއްޓީ ހޭދަކޮށްލާނެ ފުރުސަތެއް ނުލިބުމުގެ ކަންބޮޑުވުން ހައްލުކޮށް ސްކޫލު ބޮޑު ޗުއްޓީ ޑިސެމްބަރުން އަހަރުގެ މެދުތެރެއަށް ބަދަލު ކުރީ ވަރުގަދަ ދިރާސާއަކަށް ފަހު ކުރީގެ ސަރުކާރުންނެވެ. ވެރިކަމަށް އެރުއްވުމާއެކު ތަނެއް ދޮރެއް ބައްލަވާ ލެއްވުމެއްނެތި ސްކޫލު ބޮޑުޗުއްޓީ ވެސް އެކޮޅުކޮޅުން ބަޅުކޮށް އިދިކީލި ކޮށް ބަދަލުކޮށް ނިންމަވާ ލެއްވީއެވެ. 

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ 3 ބާރުން އެއްބާރެވެ. ކޮންމެ އަހަރަކަށް އެމަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑައެޅުއްވުމަކީ ރާއްޖޭގެ އަންދުވަހު އާދައެވެ.

ސަރުކާރު ބަންދުކޮށް ހުޅުވުމުގެ ބާރު އަބަދުވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ. ރައްޔިތުންގެ މަޖިލިހަށް ހައްގު ގަދަރާއި އިހުތިރާމަށްޓަކާ މީގެ ކުރިން ހުންނެވި ކޮންމެ ވެރިޔަކު މަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ.

މަޖިލިހުގައި ތަޅުއަޅުވާ، ނުވިތާކަށް މެމްބަރުން ފާރުމަތިން އުކާލި ވެރިކަމުގައި ވެސް މަޖިލިސް ހުޅުވާ ދުވަސް ބަންދު ދުވަހަކަށް ހެއްދެވިއެވެ. މަޖިލިހުގެ މުހިންމުކަން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލި ކޮށް ޖަހާލާ، މަޖިލިސް ހުޅުވާ ދުވަހަކީ މާބޮޑު ދުވަހެއް ނޫންކަމަށް ނިންމި ވެރިޔަކު ދިވެހިން މިއޮތީ ހޯދައިފައެވެ. އެއީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ. 

ކަންކަން އެކޮޅުކޮޅުން ބަޅުކޮށް އިދިކީލިކޮށް މިހާރު ހިންގާލަނީ އިންތިގެ މަތިން ހަނދާން ނުވާ ވަރަކަށް ނޫނެވެ.

]]>
Fri, 19 Jan 2024 15:30:36 +0500 ހީރަސްނިއުސް
ބެންކޮކް އާސަންދަ: މަޖިލިސް އިންތިޚާބަށް ބަންނަ އަނެއް ދޮގުބޯޓް https://heerasnews.com/2194 https://heerasnews.com/2194 ޗައިނާއަށް އަޅުވެތިވީ ވަރުން ޒަމާނުއްސުރެ ދިވެހިންނާ ގުޅުން އޮތް ޓައިވާނުގެ ނަގުލުގައި ފަތްގަނޑެއްލާ ހުރާލި ރާއްޖޭގެ ސަރުކާރަކީ މުއިއްޒު ސަރުކާރެވެ.

130 މިލިއަން ޑޮލަރުގެ ހިލޭ އެހީއަށް އަމިއްލަ މުސްތަގިއްލުކަން ޗައިނާއަށް ވިއްކާލުމަށް ފަހު ދިވެހިން ލޮލުގައި ރިޔާސީ އިންތިޚާބުގައި އެޅުވި ފަދަ ދޮގު އަނދުން އަޅުވަން އަނެއްކާ މިފެށީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުން އަނެއްކާ އަނެއް އަވާގައި ޖައްސައިގެން ވޯޓު ހޯދުން ނޫން ބޭނުމަކު ނޫނެވެ.

ޑޭޝް8 މަތިންދާ ބޯޓްގައި ރައްޔިތުން ބޭހަށް ފޮނުވާނީ ދުބާއީ އަށާއި ބެންކޮކަށޭ ވިދާޅުވީ މޫނަށް ރުލެއްވެސް އަރުވާނުލައެވެ. މިއިރު ކުޑަކުއްޖަކު ގޫގުލް ކޮށްލިޔަސް ޑޭޝް8 އަކުން ބޭހަށްދާ ބަޔަކު ތެޔޮ ހުސްވަންދެން އުދުހުނަސް ބޯޓު ޖައްސަން ޖެހޭނީ ބެންކޮކާ މާލެއާ ދެމެދު ދެބައި ކަނޑަށްކަން އެނގޭނެއެވެ.

މިހާރު އަރުވާ އަޑަކީ ބެންކޮކާ ދުބާއީއަށް ބޭހަށް ފޮނުވުމުގެ އިންތިޒާމް ފެށި ވާހަކައެވެ. ރާގު ރާގަށް އެ ހަބަރު ކިޔާ ސުރުހީތައް އެތިބަ ހަދަނީއެވެ. 

ރަނގަޅެވެ. މަޖިލިސް އިންތިޚާބު އަންނަންދެން ބަޔަކު ފޮނުވައިގެން ބެންކޮކް ނޫނީ ދުބާއީން ބޭސް ކުރުވާފަ އެފިލްމު ދައްކާ އެ މީހުންގެ އިންޓަރވިއު ވެސް ގެންނަންވާނެއެވެ. ވޯޓް ނިމުނީމާ ރައީސް ޔާމީނުގެ ހުސްގޮނޑި ގެއްލުވާލި ގޮތަށް ބެންކޮކް ގެއްލުވާލާ ބަހަނާ ތަކެއް ދައްކާނީއެވެ.

މަޖިލިސް އިންތިހާބުގެ ކުރިން އަދި ޖައްސަން ރަނގަޅު ޑްރާމާ އެއް ބުނަންހެއްޔެވެ. މާލޭގެ ކޮންމެވެސް ތަނެއްގައި ބޮޑު ވަޅުގަނޑެއް ކޮނެ ކޮންކްރީޓް ބުޑެއް އަޅާށެވެ. ހަބަރުގައި ކިޔަންވާނީ ރައީސްގެ ތަސައްވަރަކީ މިތަނުގައި ޖައްވަށް އެރޭނެ ބޮޑު ލިފްޓެއް ބަހައްޓާ ކޮންމެ ރައްޔިތަކަށް 10 ތަރީގެ މަގުން ތަރިބާލައިދީ 10 ކިލޯ ކާޑާ އެކު ތަރިތައްވެސް ހަވާލު ކުރުން ކަމަށެވެ. 

ރޯމާ ދުވާލު ދޮގާ މަކަރު ހަދައިގެން ރިޔާސީ އިންތިހާބުގައި ވޯޓް ހޯދިގޮތަށް ކުރިއަށް މަޖިލިސް އިންތިހާބަށް ފިސާރި ޗަރުކޭސް ދައްކާލަން ވާނެއެވެ. ދީނާ ގައުމިއްޔަތު އޮލަވެގެން އޮބި ނޯންނަ ސަރުކާރެއް މިއޮތީ ދިވެހިން ހޯދާފައެވެ.

މި މީހުންނަށް ނޭނގޭ ކަމަކީ ދޮގާ އޮޅުވާލުމާ މަކަރާ ހީލަތަކީ ދީނާ ގައުމިއްޔަތުގައި އޮންނަ ކަންކަމެއް ނޫން ކަމެވެ.

]]>
Thu, 18 Jan 2024 10:29:01 +0500 ހީރަސްނިއުސް
އިންޑިއާ ކަނޑުގެ ޒެލެންސްކީ: މުއިއްޒު https://heerasnews.com/2187 https://heerasnews.com/2187 މުއިއްޒު ނޫނަސް ރާއްޖެގައި ވެރިން ވެރިކަން ކޮށްފިއެވެ. އެއްވެސް ގައުމަކާ ޖެހިގަނެގެން މަވަރެއް ނެތިގެނެއް ނޫޅެއެވެ. މީގެ ކުރިއަކުން އެއްވެސް ގައުމެއްގެ ބެކްޔާޑަށް ރާއްޖެ ހަދައިގެނެއް ނޫޅެއެވެ. ބޭރުގެ އެއްވެސް ގައުމަކުން ރާއްޖެ ބޮއިކޮޓް ކުރަން ގޮވަލާ ރާއްޖެއާ ނުނިޔަތް ލައިގެނެއް ވެސް ނޫޅެއެވެ.

ދުނިޔޭގެ ކަންކޮޅު ތަކުގައި ރާއްޖެއަށް ތައުރީފްގެ ބަހެއް ނޫނި މީގެ ކުރިއަކުން ނުބުނެއެވެ. މީހުންގެ ހިތްހެޔޮކަމާއި އަމާންކަމާއި ސުލްހަވެރިކަމާއި ރީތިކަމުގެ ވާހަކަ ނޫނީ މީހަކު ނުދައްކައެވެ. ލަންކާ އިންޑިއާއިން ފެށިގެން އެމޭޒަން ޖަންގައްޔަށް ދާންދެން ރާއްޖެއަށް އޮހެނީ ތާރީފެވެ. ދުނިޔޭގެ އެތައް މިލިޔަން މީހުންގެ ހުވަފެނީ މަންޒިލަކީ ރާއްޖެއެވެ. މަރުވުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ރާއްޖެއަށް އައިސްލުމަކީ އެތައް ބައެއްގެ އުންމީދެކެވެ.

ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ރާއްޖެއަށް އެހީތެރިވުމުގައި ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ޔޫރަޕެއް އެމެރިކާއެއް ޖަޕާނެއް އެކަމުގައި ތަފާތެއް ނެތެވެ. ރަޝިޔާއެއް އަރަބީންނެއް ކިޔާނެ ކަމެއް ނެތެވެ. ރާއްޖެއަށް އެހީތެރި ވުމުގައި ޕާކިސްތާނެއް ޗައިނާއެއް އިންޑިއާއެއް ފަރަގެއް ނުވެއެވެ. އަމްދުން އިންޑިއާއަކީ ހުރިހާ ގޮތަކުން ރާއްޖެއަށް ޒަމާނުއްސުރެ އެންމެ އެހީތެރި ގައުމެވެ. އެހެނެކޭ ކިޔާ ޗައިނާއާއި ޕާކިސްތާނު ފަދަ ގައުމަކުން ވެސް ރާއްޖެއާއި މެދު ނުނިޔަތް ލައިގެން ކުޑަވެސް ކަމެއް ނުކުރެއެވެ. 

ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވެ ދުނިޔެ ހުއްޓި ގައުމު ތަކުގެ މައިގޭޓްތައް ތަޅުލެވުނެވެ. ކޮންމެ ގައުމަކުން ވެސް އުޅުނީ އެބަޔަކު އެބަޔަކާ ވެގެންނެވެ. އެއްބަޔަކު އަނެއްބައެއްގެ ހާލު ބެލޭ ވަރަށްވުރެ ގައުމުތަކުގެ ހާލަތުވަނީ ދަށްވެ ގޯހުންގޯސް ވެފައެވެ. ކޮވިޑްގެ ހިތްދަތި ދަނޑިވަޅަކީ ފަތުރުވެރިކަން ހުއްޓި ރާއްޖޭގެ އާމްދަނީ ބަންދުވެ ރައްޔިތުން ބަނޑަށް ޖެހޭ ފަދަ ނާޒުކު ދަނޑިވަޅެކެވެ. އެހެނެއް ކަމަކު ދިވެހި ރައްޔިތުންގެ އަތުގައިހިފީ ދިވެހިންގެ ޒަމާންވީ މިތުރު އިންޑިއާއެވެ. 

އިންޑިއާއިން ރާއްޖޭގެ އަތުގައި ހިފުންވީ ކޮވިޑްގެ ވަބާގައި ދިވެހިންގެ ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ސަބަބަކަށެވެ. ދިވެހިން ބަނޑަށް ނުޖެހި ސަލާމަތް ވުމުގެ ސަބަބަށެވެ. ދިވެހި ދައުލަތް ބަނގުރޫޓު ނުވެ މިންޖުވީ ސަބަބަށެވެ. އެކަމަކީ ރައީސް ސޯލިހުގެ ސަރުކާރާ އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ވެރިންނަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ.

ރައީސް ޔާމީނު އިސްވެހުރި ޕްރޮގްރެސިވް ކޯލިޝަނުގެ މަގުސަދަކީ ގައުމު ބަނގުރޫޓް ކޮށްލައިގެން ވިޔަސް ރައްޔިތުން ބަނޑަށްޖައްސައިގެން ވިޔަސް އިބޫގެ ވެރިކަން ފޭލިކޮށްލާ ވެރިކަން ވައްޓާލުމެވެ. އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބެހާ ހިނދަކު ގައުމު ބަނގުރޫޓް ކޮށްނުލެވޭނެކަން އެމީހުނަށް އެނގެއެވެ. އެހެން ކަމުން އެމީހުން ދިމާކުރީ އިއްޑިއާގެ އެއްބާރުލުން ސަރުކާރަށް ލިބުނަ ނުދިނުމަށެވެ. 

ރައީސް ޔާމީނު އިސްވެހުރެ ޕީޕީއެމުން އިންޑިއާ އައުޓް ކެންޕޭން ޖެއްސީ އެހެން ވެގެންނެވެ. ބޭނުންވާ ފެންވަރުގައި ކެންޕޭނު ވައިގާ ނުހިފުމުން އިންޑިއާ މިލިޓަރީ އައުޓް ކެންޕޭން ޖެއްސީ އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ކަމުގެ ބުހުތާން ދޮގު ފަތުރައިގެންނެވެ. އެތައް ހާސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ސިފަކޮށްދީގެން އިންޑިއާގެ އަޝްކަރީ ބޭސްތައް ރާއްޖޭގެ އެކި ހިސާބުގައި ހުރިކަމަށް ބުނެ ރައްޔިތުން ބިރުގަންނަވައިގެން ވެރިކަން ބަދަލު ކުރެވިއްޖެއެވެ. 

މުއިއްޒު އިންޑިއާ އައުޓް ޖެހި ރަތް ޓީޝާޓްލައިގެން ދޮގާއި ފިތުނައިގެ ދޮލަނގު ވިއްކައިގެން ވެރިކަން ހޯދައިފިއެވެ. ރައީސް ޔާމީނު ޖެހި މަޅީގައި ބެދި މުއިއްޒު ހުރީ ރަނގަޅަށް ފުޅަނތްގަށް ވެފައެވެ. އެއްގޮނޑިން ތެދުވެ އަނެއް ގޮނޑިއަށް އަމިއްލަ އިހުތިޔާރުގައި ނުދެވޭ ވަރަށް ބަނދެވިފައި ހުރީ މުއިއްޒެވެ. އެތައް ބިލިޔަން ރައްޔިތުން ހިމެނޭ އިންޑިއާ މީހުނާ ރާއްޖެ ޖައްސައިގެން ދުނިޔޭގެ ފިއްތުންތަކަށް ރާއްޖެ ވައްޓަލީ މުއިއްޒެވެ. ދުނިޔޭގެ ބޮޑުބާރެއް ކަމުގައިވާ އަވައްޓެރި އިންޑިއާ އާއި ޖެހިގަތީ ހައްގުން ކަމަކާ ނުލައެވެ. ހަނގުރާމަ ވެރި ހާލަތަށް ރާއްޖެ ވައްޓާލުމުގެ ޒިންމާ މުއިއްޒު އުފުލަންޖެހޭނެއެވެ. ރާއްޖެ ހަނގުރާމައިގެ ހާލަތަކަށް ވައްޓާލި މުއިއްޒަކީ އިންޑިއާ ކަނޑުގެ ޒެލެންސްކީ ކަމަށް ބުނާ މީހުން ލައްކަ ގިނައެވެ.

]]>
Mon, 15 Jan 2024 18:18:12 +0500 ހީރަސްނިއުސް
ދޮގުހަދަހަދާ ތިއްބާ ރައްޔިތުން ހޮވީ އެމްޑީޕީގެ ޢާޒިމް https://heerasnews.com/2179 https://heerasnews.com/2179 ރިޔާސީ އިންތިޚާބުން މޮޅުވާން ރޯމާ ދުވާލު ހެދި ދޮގުތަކާލާ މާލޭގެ މޭޔަރ އިންތިޚާބުން މުޢިއްޒު ސަރުކާރު ބޮކި ޖަހާ އަޑިއަށް ދާން ފެށިކަން މި އެނގުނީ  ވޯޓު ގުނީމައެވެ. 

ރައީސް މުއިއްޒު ޗައިނާގައި ހުންނަވާ ވެސް ކޯޗް ބުނާ ގޮތަށް ނުފަރިތަ ކަމާއެކު ޕޯޒްވެ އަތާ އަތް ޖޯޑު ކުރައްވާ އިނގިލި ފުޅުތައް ދެއަތް ދެއަތަށް ހިމުން ކުރައްވަމުން ނިކަން ރައީސީ ގޮތަކަށް ރައްޔިތުންނަށް ނުސީދާ އިންޒާރު ދެއްވާ އެމްޑީޕީއަށް އެންޓިކެމްޕޭންގެ ވީޑިއޯއެއް ރިލީޒް ކުރެއްވިއެވެ. އެއީ ވޯޓުގެ އެއްދުވަސް ކުރިއެވެ.

ޗައިނާއިން މާލެ ވަޑައިގަތް އިރު މާލޭގެ މޭޔަރު ހޮވަން ވޯޓްލަމުން ދާތީ އެ ވަގުތު ކޮޅުވެސް ލައްކަ ކެމްޕޭން ކުރެއްވިއެވެ.

ރޯދައަންނަން 2 މަސް އޮއްވާ ކޮންމެ ގޭބިސީ އަކަށް 10 ކިލޯ ކާޑު ދޭނަމޭ ވިދާޅުވުމަކުން ވެސް މާލޭގެ ރައްޔިތުން ނުހެއްލި ބޯކޮށް ވޯޓް އަޅައިގެން މާލޭގެ މޭޔަރު ކަމަށް ހޮވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.

ކާޑާ ޕާން ކިލޯއިން ދީގެން ރައްޔިތުން ގިއްގަޅުވާފައި ވެރިން އުދުހި އުދުހި ތިބުމަކީ ކޮމިއުނިސްޓް ފަލްސަފާއެވެ. ޗައިނާއަކީ ކޮމިއުނިސްޓް ގައުމެއް ކަމާ 10 ކިލޯ ހަނޑުލޭ ވިދާޅުވީ ޗައިނާއިން ވަޑައިގެން ނުހިކޭ ދޮންވެލި ފަޔާ އެކު ހުންނަވާ ކަން ދިވެހިން ދަނެއެވެ.

ބައިނަލް އަގްވާމީ ޖިއޯޕޮލިކަލް ތަރުތީބާ ޑިޕްލޮމެޓިކް ކުޅި ހިނގާ މަގު އެނގި ވަޑައިނުގެން ސީދާ ބަހުންނާ ނުސީދާކޮށް އަވަށްޓެރި އިންޑިއާއަށް ބަހުގެ ހަމަލާ ތަކެއް ދެއްވާފައި އެނބުރިލި އިރު އަސްތާ ކަމަކު ދާކަށް ނެތެވެ. މުއިއްޒު ދެއްކެވި ވާހަކަ ތަކަށް ރައްޔިތުންގެ އިތުބާރެއް ރުހުމެއް ނެތްކަން ވޯޓުން ބުނެ އަންގައިފިއެވެ. 

އަމުދުން މިހާރު ވާ އެއްގޮތަކީ ރައީސް މުއިއްޒު ކިތަންމެ ބޮޑު ތެދެއް ހެއްދެވިޔަސް އެއީ އިތުރުފުޅޭ ހީވާ ވަރަށް ރިޔާސީ އިންތިޚާބުގައި ދޮގު ވާހަކަ ދެއްކުނީ ކަމަށްވުން ގާތެވެ.

]]>
Sat, 13 Jan 2024 20:13:33 +0500 ހީރަސްނިއުސް
އެމްޑީޕީ މަގަށް ނިކުންނާނީ ވެރިކަން ނިންމަން https://heerasnews.com/2176 https://heerasnews.com/2176 މޮޔަ ނުގޮވާށެވެ. އެމްޑީޕީއަކީ ބަޔަކު ހީކުރާ ކަހަލަ ޕާޓީ އެއް ނޫނެވެ. އެ އޮޑިއެއް ނުފެތޭނެއެވެ. ފައްތައެއްވެސް ނުލެވޭނެއެވެ. 

އެމްޑީޕީއަކީ ފިނޑިވެ ފަހަށްޖެހި ގޮތް ހުސްވާ ޕާޓީއެއް ނޫނެވެ. އެވަގުތަކު އެމްޑީޕީ ކުރަންޖެހޭ ކަމެއް އެމްޑީޕީން ކުރާނެއެވެ. ދުނިޔެ ރަންވެގެން ހަދާނެ ނުހަދާނެ އެއްޗެއް ނޭނގިގެން އެމްޑީޕީ ނޫޅެއެވެ. 

މަގަށް ނިކުންނަން ޖެހުނިމާ މަގަށް ވެސް ނިކުތުމުގެ ހަކަތަ އެމްޑީޕީގައި އެބަހުއްޓެވެ. ވެރިކަން ނެތުމަކުން ފަޔަށް ހިނިއަރައިގެން އެމްޑީޕީއަކުން ނޫޅޭނެއެވެ. ރައްޔިތުންގެ ނިންމުމަށް އެމްޑީޕީން އަބަދުވެސް އިހުތިރާމް ކުރާނެއެވެ.

ރައްޔިތުންގެ ހެވާލާބައަށް އެވަގުތަކަށް ކުރަންޖެހޭ ކަމެއް ކުރުމުގެ ހިތްވަރު އެމްޑީޕީގައި ހުރެއެވެ. ވެރިކަން ގެއްލޭ އިރަށް ހެދުނު އެއްޗެއް ހަދައިގެން ވެރިކަން ޖަހައިގަންނާކަށް އެމްޑީޕީއަކުން ނޫޅޭނެއެވެ.

މަޖިލިސް މެންބަރުންނާއި އާއްމު މެންބަރުންގެ އެމްޑީޕީ ދޫކޮށް އެހެން ޕާޓީތަކަށް ބަދަލުވުމަކީ އެމްޑީޕީއަށް އައުކަމެއް ނޫނެވެ. އެމްޑީޕީގެ ހަޔާތުގައި އިސްސަފުގައި އުޅުނު އެތައް ބަޔަކު އެމްޑީޕީ ދޫކޮށް ގޮސްފައިވެއެވެ. ބައެއް މީހުން ގޮސް ގޮސްފައި އައުދެއެވެ. އެހެނެކޭ ކިޔާ އެމްޑީޕީ ވަޅުޖެހި މަރެއް ނުވެއެވެ. 

ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު އެޅުމުގައި އެމްޑީޕީ ފޭލިވެފައެއް ނެތެވެ. ބަޔަކަށް އެމްޑީޕީ ފުޑުފުޑުވެއްޖެ ކަމަށް ހީވާ ކޮންމެ ފަހަރަކު ތަރުތީބު ވެގެން ނިކުމެ އެނބުރި ގެއަށް ވަންނަނީ ކުރަން ނިކުންނަ ކަމެއް ކޮށްގެންނެވެ.

ރައީސް ޔާމީން އިންތިހާބު ވުމުން އެމްޑީޕީ އޮތީ ފުރަތަމަ ވަރަށް ހިމޭނުންނެވެ. ވެރިކަން ވައްޓާލުމަށް ތެޅިފޮޅެއެއް ނުގަނެއެވެ. ރައީސް ޔާމީނާ ދެކޮޅަށް އެމްޑީޕީ ނިކުތީ އަނިޔާވެރިކަން އާއްމުވެ އެހެން ގޮތެއް ނެތުމުންނެވެ. 

ރައީސް މުއިއްޒާ ދެކޮޅަށް އެމްޑީޕީ މަގުމަށްޗަށް ނިކުތުމަށްވުރެ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވުމުގެ ހަކަތަ އެމްޑީޕީގައި އެބަހުއްޓެވެ. ގާނޫނީ އިމުގެތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވެން އެމްޑީޕީއަށް އެބައޮތެވެ. މަޖިލީހުގެ ތެރެއިން އެކަން އެބަކުރެވެއެވެ. 

މަޖިލީހުގެ ތެރެއިން ޖަވާބު ދާރީ ނުކުރެވޭ ވަރަށް ސަރުކާރުގެ ނުބައި ނުލަފާ ކަން ބޮޑުވެއްޖެ ނަމަ މަގުމަތިން ވެސް ޖަވާބުދާރީ ކުރުވާނީ އެމްޑީޕީންނެވެ. ހެޔޮ ވެރިކަމެއް ކުރަން ފުރުސަތު ދީގެން އެމްޑީޕީ އޮތީ ފިނޑިކަމަކުން ނޫނެވެ.   

]]>
Thu, 11 Jan 2024 20:11:09 +0500 Chief Editor
ސޮދަގާތެއްގެ ގޮތުގައި އާޒިމާއަށް ވޯޓެއް! https://heerasnews.com/2155 https://heerasnews.com/2155 އާސްތާނާ އާޒިމާ ޝުކޫރަކީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ހާފްގައި ދިގު 30 އަހަރުގެ އެވެރިކަން ނިމުނަ ނުދޭން ދަނޑަށް ނެރުނު ފޯވާޑެކެވެ. ބަންޑާރަ ނައިބު ކަމާ ހޯމް މިނިސްޓަރ ކަމުގައި ރައްޔިތުންގެ ގިނަ ބަޔަކާ ދައުލަތަށް ދުއްތުރާ ވާނެ އެތައް ދުއްޕާނެއް މެދުވެރިވި ސަބަބެވެ. 

ފުންނާބު އުސް އާޒިމާގެ ގާނޫނީ ލަފާ ތަކަށް ވުރެ ވަކި ނުލަފާ ކަމެއް ނެތް ފަދައެވެ. ބޮޑެތިހާ މަގާމު ތަކުން މީހާއަށް ލިބުނު ހުރިހާ މޮޅަކާ ފޮންޏެއް ލިބުނީ ރައީސް މައުމޫނުގެ ފުށުންނެވެ. ނަމަވެސް ރައީސް މައުމޫނު މޫނުވަތަށް ޖެހުނު ޖަލު ބަންދާ، ޕީޕީއެމް ފިރުކައިގަތުމަށް ރައީސް ޔާމީނު ރައީސް މައުމޫނާ ދެކޮޅަށް ރުވާފައި ދޫކުރި ސިޔާސީ ހުރިހާ ދުންޏެއްގެ ކަނިފަށަށް ވިހަލައިދޭން ރައީސް އޮފީހުގައި ހުންނެވި ލީގަލް ވަޒީރަކީ އާޒިމާއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ، ސުޕްރީމް ކޯޓު ފުރާޅުން ޓިނުނެގުމާ މަޖިލިހުން މެމްބަރުން ނެރެ އުކާލި ހުރިހާ ޖަރީމާ އަކަށް ގާނޫނީ އައިވީ ގުޅައިދޭން ހުރި ގާނޫނީ ލަފާދާރަކީ އާޒިމާއެވެ.

މައުމޫނަށް ދޯކާ ދިނުމަށްފަހު މިފަހުން ޔާމީނަށް ވެސް ދޯކާދީ، މުއިއްޒުގެ ތޮއްވަރިއަށް ވަދެ މާލޭގެ މޭޔަރުކަން ހޯދަން ނުކުމެ އުޅޭ އާޒިމާ ޝުކޫރުގެ މައްސަލަތައް ކޯޓުތަކުގައި އެބަހުއްޓެވެ.

ނިޔަނެތި ހެދި ބުރުގާ އަޅައިގެން ހުޅުމާލޭގައި ހެދިކާ ހަދަން އުޅުނު އާޒިމާ މިހާރު އެހުރީ ފާޅުވެފައެވެ. މީހާ އާއި  ނުގުޅޭ ޒާތުގެ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައިގެން އުޅޭ އިރު އެތައް މިލިއަނުން ބޭންކް ތަކަށް އާޒިމާ ދަރާ ބޯހިކެން ނެތްކަން މިފަޅާއެރީ މިއަދު ސިވިލް ކޯޓުން ކުރި ހުކުމަކުންނެވެ.

ހުޅުމާލޭގައި އޮތް އަމިއްލަ ބިމަކާ އަމިއްލަ އެޕަރޓްމަންޓް މަދުވެގެން އެ 2 ތަން މޯގޭޖް ކޮށްފައި އަނެއްކާ އަނެއް އެޕަރޓްމަންޓް ގަންނަން އިސްލާމިކް ބޭންކުން ނެގި 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ޢާޒިމާ އެ އުޅުއްވަނީ މާލޭގެ މޭޔަރުކަން ހޯއްދަވާށެވެ.

ވީހާގިނަ މާލޭގެ ބިމާ އެޕަރޓްމަންޓްތައއ އަމިއްލަ ކުރަން ބޭނުންވާ މީހަކު މާލޭގެ މޭޔަރު ކަމަށް ވަރަށް ފައްކާ ވާނެތާއެވެ. ގައިމު ވެސް މާލޭގެ ބިމަށް އާޒިމާގެ ހުރި ދަހިވެތިކަމާ ލޯބި މިއޮތީ ހާމައަށް އެނގިފައެވެ.

އިސްލާމިކް ބޭންކަށް އާޒިމާ ދައްކަން ޖެހޭ 4 މިލިއަން ރުފިޔާ ދައްކާ އަނެއްކާ އަނެއް އެޕަރޓްމަންޓް އާޒިމާ އަށް މިލްކު ކުރެވެން މިހާރު އޮތް އެންމެ އަވަސް މަގަކީ ޢާޒިމާއަށް މާލޭގެ މޭޔަރުކަން ލިބުންކަން މިހާރު ސާފުވެއްޖެއެވެ. 

ޢާޒިމާއެވެ. ކަމަނާ މާލޭގެ މޭޔަރުކަން ބޭނުންވެގެން ތިޔަ އުޅުއްވާ ސަބަބު އެނގިއްޖެއެވެ. ލޮބުވެތި މާލޭގެ ރައްޔިތުންނޭވެ. ޢާޒިމާ އެހުންނެވީ ބޭންކަށް 4 މިލިއަން ރުފިޔާ ނުދެއްކިގެން ބޯހިޔާވަހިކަން ގެއްލި މަގުމަތި ވެފައެވެ. އެ ކަމަނާ އަށް ޞޮދަގާތުގެ ގޮތުގައި ރުފިޔާ ނުދެވުނަސް މާލޭގެ މޭޔަރު ކަމަށް އެ ކަމަނާ ގެންނަން ސޮދަގާތު ވޯޓެއް ދެއްވައިފިނަމަ، އެކަމަނާ ދަރަނިން ސަލާމަތްވެ ބޯހިޔާކޮށްލެވޭނެ އެޕަރޓްމަންޓް ގަނޑު މިލްކު ކުރެވޭ ވަރު ވިޔަސް އެއީ ހެޔޮ ކަމަކަށް ވާނެއެވެ.

]]>
Tue, 02 Jan 2024 17:34:45 +0500 Chief Editor
ބޮޑު ރަސްގެފާނެއް ނޫން ދޮގު ރަސްގެފާނު https://heerasnews.com/2154 https://heerasnews.com/2154

އައު އަހަރަށް ރަސްގެފާނު ވިދާޅު ބަސްފުޅު އިއްވައިފިއެވެ. ރަސްރަނި ބަގީޗާއިން ނިކުމެ ރަސްފަންނަށް އެރި ރަސްމާލޭގައި ރަސްކަން ކުރަން ތައްޔާރުވާ ބޮޑުރަސްގެފާނުގެ ވިދާޅު ބަސްފުޅެވެ. ރައްޔިތުން ވެރީންނަށް ކިޔަމަންވުމާއި ވެރިންނަށް އެއްބާރުލުން ދޭންވީޔޯލައެވެ. ދޮގު ރަސްގެފާނުގެ ވާހަކަ އަޑު އިވުނީމާ އަންނަނީ ހިންޏެވެ. ލަވަނީ ހޮޑެވެ. ކުރަނީ މޭނުބައެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ.

ޤައުމެއްގެ ތަރައްޤީގެ ބިންގަލަކީ އަދި ކުރިބޯށްޓަކީ ރައްޔިތުންނާއި ވެރިންގެ ގުޅުން ކަން ދޮގުރަސްގެފާނަށް އެނގުނީ ވެރިކަމަށް އެރުނީމައެވެ. ދިވެހި މަސްއޮޑިއެއް ބަންނަގޮތް ވެސް އެ ފަކީރަށް އެނގުނީ ވެރިކަން ލިބުނީމައެވެ. ފަށަނުގެ ދެފަރާތަށް މަޑޫ އިންދި ދެބަނޑުފިލާ ގެތިގެން އަރާކަން އެގުނީ ވެސް ވެރިކަން ލިބުނީމައެވެ.

ވެރީން ވަޢުދަށް ކަމޭހިތަން ޖެހޭ ކަމަށް ދޮގު ރަސްގެފާނު ބުނީމާ ދެކަމު ހާޖަތަށް ނުދެވުނީތީ ގައި ނަސީބެވެ. ވެރިއެއް ކަމަކު ގޮތްފޮތް ނުތުނީމާ ނުބުނާނެ އެއްޗެއް ނެތެވެ. ވެރިކަމަށް އަރާ ފުރަތަމަ ދުވަހު ދޫކޮށްލަން ވައުދުވި ހުސްގޮނޑި މަނިއްޕުޅު އަދިވެސް އެ ހުންނެވީ ބަންދުގައެވެ. ސިޔާދަތުގެ ފަލަރޮނގު ދަމައިގެން ވެރިކަމަށް އަރާ ގޮތަށް ބާލަން ބުނި އުތުރުކަރާ ސިފައިން އަދިވެސް އެތިބީއެވެ. ގެއްލިގެން އުޅުނު ކަނޑު އޮތްތަނެއް އަދިވެސް ނޭނގެއެވެ.

ފަނޑިޔާރުގެއަށް އަތްނުބާނަމޭ ބުނީމާ ހުސްގޮނޑި މަނިއްޕުޅު މިނިވަން ކުރުމުގެ ވައުދު ފުދުނީއެވެ. ތިބި އުތުރުކަރާ ސިފައިން ބާލަން ރައްޔިތުން އެދޭކަމަށް އެކަރައިގެ ކޮޅުފިލާ ގޮނޑިއެއްގައިން ތަކުރަކު ގާތުގައި ބުނެލީމާ ސިފައިން ބޭލުމުގެ ވައުދުވެސް ފުދުނީއެވެ. ވިއްކާލި ކަމަށް ބުނި ކަނޑުގެ މައްސަލާގައި ގޯހެއް ހަދާފައި އޮތްތޯ ބަލަން ކޮމެޓީއެއް ހެދީމާ އެވައުދު ވެސް ފުދުނީއެވެ. އަޅެ ދޮގު ރަސްގެފާނުގެ ވައުދުފުއްދުން ކިހާ ފައްކާ ހެއްޔެވެ.   

ރައްޔިތުން ވެރީންނަށް ކިޔަމަންވުމާއި، ރައްޔިތުން ވެރިންނަށް އެއްބާރުލުން ދިނުމުގެ ވާހަކަ ދައްކަން ކުޑަވެސް ލަދުގެ ކަންފުޅެއްވެސް ދޮގު ރަސްގެފާނުގެ ނެތީހެއްޔެވެ. ތަނުތިބިހާ ކަތުންނަކީ ބުއްދިއެއް ފިކުރެއް ނެތް ބަޔެކޭ ދޮގުރަސްގެއަށް ހީވާ ކަހަލައެވެ. މީގެ ކުރީން އޮތީ ކަތުންގެ މާބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކޮށްފައި އޮތް ވެރިކަމެކެވެ. ދިގުރަސްގެފާނު އިސްވެހުރެ ހޭނުބަހައްޓާ އެ ވެރިކަމާ ދެކޮޅަށް ކަތުންގެ ހިތުގައި ނަފްރަތު އުފައްދަން ދޮގާ ވަގާ މަކަރާ ހެދިއިރު ތިޔަ ބުނާ ކިޔަމަން ތެރިވުމާއި އެއްބާރުލުން އޮތީ ގެންގުޅުނު ހުސްގޮނޑީ ތަންދޮށުގައި ހެއްޔެވެ. ގައުމީ ސަލާމަތެއް ބައިނަލް އަގުވާމީ ގުޅުމެއް ފަނޑިޔާރުގޭގެ ހުރުމަތެއް އެ ދުވަހަކު ނެތެވެ.    

އިވޭ އަޑުތަކާއި ލިބޭ މަޢުލޫމާތުގެ ދޮގުތެދު ވަކިކުރާ ވާހަކަ ދޮގު ރަސްގެފާނު ނުދައްކާށެވެ. ވެރިކަން ލިބުމާއެކު ހުސްގޮނޑީ މަނިއްޕުޅު ދޫކޮށްލާނޭ ކަމަށް ހެދި ބުހުތާން ދޮގު ގަބޫލުކޮށްގެން އެތައްބަޔަކު ބައިއަތު ހިފީ ހުވާކުރާ ދުވަހު ހުސްގޮނޑީ މަނިއްޕުޅު ދޫކޮށްލާނެ ކަމަށެވެ. ވައުދު ވީމައެވެ. ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނެ ދުލުގައި ގޮއްޖެހޭ ވަރުގެ ދޮގު ހަދައިގެން ވެސް އެތައް ބަޔަކު ބައިއަތު ހިފިއެވެ. ހާސް ހާހުން ކަރައަކުގެ އަސްކަރީ ސިފައިން ތިބި ކަމަށް ބުނެ ކަތުންނަށް އޮޅުވާލީ ކިހާ ބޮޑަކަށް ދޮގު ހަދއިގެން ހެއްޔެވެ. ދޮގު ރަސްގެފާނު ކީހާ އެއްޗެއް ބަޔަކު ގަބޫލު ކުރީމާ ތިޔަ ހުރީ ވެރިކަމަށް އެރިފައެވެ. އެކަމަކު އެއީ ވެރިކަން ހޯދަން ހެދި ބުހުތާން ދޮގުކަން އެންމެނަށް ވެސް މިހާރު އެނގެއެވެ.

ވެރިކަމުގައި ހުރެ ވަކީން ތެދެއް ނުހަދާނެކަން ތިބީންނަށް މިހާރު އެނގެއެވެ. ވެރިކަމުގެ ބާރު ނަގަހައްޓާ ދަމަހައްޓަން ކޮންމެ ފަދަ ބޮޑު ދޮގެއް ހަދާ ކޮންމެ ފަދަ ކަމެއްވެސް ދޮގު ރަސްގެފާނު ކޮށްފާނެކަން މިހާރު އެނގެއެވެ. ފަތިސް ނަމާދުކޮށްގެން ނިކުމެ ގައުމިއްޔަތު ކޮނޑަށްލައިގެން ރިޝްވަތުގެ ކަޅުފައިސާ ބަހާ މެންބަރުން ގަންނަ ހިސާބަށް ސާޅީހަކަށް ދުވަހުގެ ތެރޭގައި މީހާ މުޑުދާރު ވީމާ ދޮގުތެދުގެ ވާހަކަ ދޮގު ރަސްގެފާނު ނުދައްކާށެވެ. 

]]>
Mon, 01 Jan 2024 23:52:42 +0500 ހީރަސްނިއުސް
ވެރިކަމަށްކުރި ކެމްޕޭނު ދޮގަށްވީމާ ކުރަނީ ވެރިކަމުގާ ހުން ނަކެމްޕޭން. https://heerasnews.com/2153 https://heerasnews.com/2153 ކެމްޕޭނު ކޮށް ވެރިކަމަށް އާދެވުނު ފަހުން ވެސް މުއިއްޒު އަދިވެސް ކުރަނީ ކެމްޕޭނު ކަމުގައި މިނޫހުގައި އޮއްވާ ދުށީމެވެ. އޭގައި ލިޔެފައިވަނީ ތެދެވެ. ހުވާ ކުރިފަހުންވެސް މުއިއްޒު އަދި އަދަށްވެސް ކެމްޕޭނު ނިންމައެއް ނުލައެވެ. އެހެން އެވާ ސަބަބާ މެދު ވިސްނާލީމެވެ. ނަތީޖާ އަކަށް އައީ މުއިއްޒަށް ކެމްޕޭނު ނުހުއްޓިގެން އެއުޅެނީ ހަމަ ރަނގަޅަށް ކަމެވެ. ވެރިކަމުގައި ހުރެވުނުހާ ދުވަހަކު ކެމްޕޭނު ކުރުން ހުއްޓާލެވޭކަށް މުއިއްޒަކަށް ނެތެވެ.

ސަބަބަކީ ވެރިކަމަށް އަރަން ކުރި ކެމްޕޭނަކީ މާސިންގާ ހީލަތްތެރި ހަގީގަތެއް ނެތް ދޮގުކަން ހުވާކުރި ވަގުތުން ފެށިގެން ދަނީ ސާބިތުވެ ހާމަ ވަމުންނެވެ. ހާހުން ތިބި ކަމަށް ބުނި އިންޑިއާ ސިފައިންގެ ވާހަކައަކީ ދޮގެކެވެ. ހުވާ ކުރުމާ އެކު މިނިވަން ކުރާނެ ކަމަށް ކަރުން ނާރުނަގާފައި ގޮވި ރައީސް ޔާމީނާ ހުސްގޮނޑިކޮޅު ބިލާހަކަށް ހަދައިފިއެވެ. ރައީސް ޔާމީނަށް މަރުދޭ ސަޕޯޓަރު އަހަންމަދު ބުނީ ކުރިން ވެސް ރައީސް ޔާމީން މިނިވަންވިޔަ ނުދޭނެ ހުރިހާ ގޭމެއް ކުޅުނީ މިހާރު ވެރިކަމުގައި ތިބި މީހުން ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމެވެ. ގެއްލުނު ކަނޑާ ޗާގޯސް ސިޓީގައި އެއްވެސް ގޯހެއް ނެތި އެވެސް ވެފައި މިވަނީ ވެރިކަމަށް އެރި ކެމްޕޭންގެ ބޮޑު ދޮގަކަށެވެ.

ވެރިކަމަށް އެރި ކެމްޕޭނަކީ ހުވާ ކުރިތަނާ ބޮޑު ދޮގުތަކެއްކަން ރައްޔިތުންނަށް އެނގިއްޖެއެވެ. އެހެން ކަމުން މިހާރު މުއިއްޒު ކުރަމުން އެގެންދަނީ ވެރިކަމުގައި ހުންނަ ކެމްޕޭނެވެ.

ދީނީ ތާކިހަލުގައި ސަރުކާރުން އާ އަހަރަށް ރޭވި ލާދިނިއްޔަތު ފެނަށްވެ މާލެ ފްލަޑްވީމާ ވަގުތުން ފެށީ ވެރިކަމުގައި ހުންނަ ކެމްޕޭނެވެ. ދެރަވަރު ގެތަކަށް ވަންނަންވީމާ އިހަށް އެގެއަށް ވައްދަނީ ކެމެރާ ތަކާއި ނޫސްވެރިންގެ ފައުޖެކެވެ.

މިހާާރު މުއިއްޒު ކުރާ ކެމްޕޭންގައި މާބޮޑަށް ރޯނުފިލާ ރޯނުއެދުރުން ބުނާ ގޮތް ހަދައިގެން މާ ނިޔަނެތި ގޮތަކަށް ރައްޔިތުން ކުރިމަތީ ހުއްޓިހުންނަ ގިނަ ފޮޓޯ ތަކުން މީ އަސްލެއް ނެތި ޗާބީ ޖަހައިގެން ކުރާ ހަރަކާތް ތަކެއްކަން އެނގެއެވެ. ހުއްޓި ހުންނަ ކޮންމެ ތާކުހެން ހުންނަނީ ދެއަތުގެ 2 ބޮޑުވައި އިންގިލީގެ ކޮޅާ ދެއަތުގެ ޝަހާދަތް އިންގިލީގެ ކޮޅު ޖައްސައިގެންނެވެ. އެއީ ވެސް މީހުން ކުޑަ ހިނދު ކޮޅަކަށް ގެންނަ ހަރަކާތެކެވެ. ބުނެދިން މީހާ ބުނެދިން ގޮތުން މުއިއްޒަށް އަބަދުހެން ހުރެވެނީ އެ 4 އިނގިލި ޖައްސައިގެން މެދުގައި ހުހަށް އޮންނަ ތަން އެއީ އިންސާނެއްގެ ލަދުވެތި ގުނަވަނެއްގެ ބައްޓަމަށް ރައްޔިތުންނަށް ދިއްކޮށްގެންނެވެ.

އެނގިގެން މިދަނީ އެއްވެސް ހަގީގަތެއް ހޭޑިއެއް ފޭޑިއެއް ނޭނގޭ މީހަކު ވަށާ ތިބި ރޯނު އެދުރުންނާ ހެދި އަލުން ފެށި ކެމްޕޭން ވެސް އިރުކޮޅަކާ އަތަށް ގޮވަމުންދާ ކަމެވެ.

]]>
Mon, 01 Jan 2024 19:36:50 +0500 ހީރަސްނިއުސް
ވަޒީފާއިން ކަނޑަނީ މުއިއްޒު ކަންފަތްދޮށުގައި އާދޭސް ކުރިމީހުން https://heerasnews.com/2147 https://heerasnews.com/2147 އެއްކޮޅުން މުއައްޒަފުން ވަޒީފާއިން ވަކިކުރަނީއެވެ. އަނެއްކޮޅުން ފަތިފައްޗަށް މީހުނަށް ވަޒީފާ ދެނީއެވެ. ރައީސް މުއިއްޒު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ދައުލަތް ދަރަނިވެރިވެ ބޯހިކެން ނެތިގެން ދައުލަތް ހަމަ މަގަށް އަޅުވަން ވެރިކަން ހޯދައިގެން ރައްޔިތުންގެ ހައްގަށް ހުރުމަތްތެރި މިވަނީ ކޮން ފާޑަކަށް ހެއްޔެވެ. 

މުސާރަ ދޭންޖެހޭ މީހުންގިނަވެ ދައުލަތުގެ އެންމެ ބޮޑު ޔުޓިލިޓީ އެއްކުންފުނި ފެނަކަ ހިންގެން ނެތްކަމަށް އިހަށް ދުވަހު އެކުންފުނިން ބުނެފިއެވެ. ފެނަކައަށް އޮތް އެންމެ ބޮޑު ބުރައަކީ ސަތޭކަ އެތައް ރަށެއްގައި އެތައް ހާސް މުއައްޒަފުން ތިބުމެވެ. މާލެސިޓީއާއި މާލެއަތޮޅާއި އަރި އަތޮޅާއި ފެލިދެ އަތޮޅު ނޫން ހުރިހާ ރަށެއްގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކުންފުންޏަކީ ފެނަކައެވެ. ފެނަކައަކީ އުފެދުނީއްސުރެ އިންތިހާއަށް ދަރަނިވެރިކަން ބޮޑު ކުންފުންޏެކެވެ. ވަކި ސަރުކާރެއް ކިޔާނެކަމެއް ނެތެވެ. 

ދަރާ ވިކިގެންވެސް ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ފެނަކަ އުފެދިފައި ވަނީ ދައުލަތަށް ފައިދާ ހޯދުމަށް ހިންގާ ވިޔާފާރި ކުންފުންޏެއް ގޮތުގައެއް ނޫނެވެ. ފެނަކައިގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންނަށް އަތްފޯރާފަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފެންވަރުހުރި ގޮތެއްގައި ފޯރުކޮށް ދިނުމެވެ. ފައިދާ ހޯދުމަކީ އޭގެ ފަހުގެ ކަމެކެވެ. ދަރަނި ވެރި ވެއްޖެނަމަ ދަރަނި އަދާކުރަން ކުރަންޖެހޭ ކަމެއް ކުރުމަކީ ސަރުކާރުގެ ކަމެކެވެ. ފެނަކަ ހިންގައިގެން ލިބޭ އެއްޗަކުން ދަރަނި އަދާކުރަން ޖެހެންޏާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ފެނަކަ އޮތުމުގެ ބޭނުމެއް ނެތެވެ.   

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ލާޒިމު ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސިވިލް ސާވިސްގެ ތެރެއިން ދިނުމުގައި ބޮޑެތި ދަތިތަކެއް ހުންނާނެތީ އެހިދުމަތްތައް ދިނުމަށް ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނިންމަފައި އޮންނަނީއެވެ. އެގޮތަށް ކުންފުންޏަކުން ހިދުމަތް ދެނީ ހިދުމަތް ދިނުމުގައި ހަލުވިކަމާއެކު ފެންވަރު ރަގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށެވެ. ހިދުމަތް ދިނުމަށް ގިރާކުރަންޖެހޭ ފަށަލަތައް މަދުކޮށް ނަތީޖާއަށް ވާސިލުވުން އަވަސް ކުރުމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމަށެވެ.

ރައީސް ސޯލިހު ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ފެނަކައިން ކުރީ އެމަސައްކަތެވެ. އެސަރުކާރުން ވަނީ ފެނަކައިން ދެމުންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ޒަމާން ތަކަކަށް ދެމިގެން ދާނޭހެން ގިނަ ރަށްތަކެއްގައި ވަސީލަތް ގާއިމުކޮށްފައެވެ. ދައުރު ހަމަކޮށް ރައީސް ސޯލިހު ވެރިކަން ނިންމަވާ ލެއްވި އިރު ފައްޓަވާ މުޅިން ނުނިމިހުރި އެތައް މަސައްކަތެއް ވެސް ހުއްޓެވެ. ފެނަކައިން އޭރު ކުރެވުނު ގިނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކެޕިޓަލް ހަރަދުގެ ގޮތުގައި ފެނަކައިން ބޮޑެތި ހަރަދު ތަކެއް ކުރިއަށް އޮތްތާ ކުރަން ޖެހޭނީ ވަރަށް މަދުންނެވެ. 

ރަށްރަށުގައި ފެނަކަ ފުޅާވެގެން ދިޔަވަރުން އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބުނެވެ. އަނބި ދަރިން ގާތުގައި ތިބެ އާމްދަނީ ހޯދާނެ މަގުފަހިވެ ރަށްރަށުގެ އިގްތިސާދު ފުޅާވެގެން ދިޔުމުގެ ބާރަކަށް ފެނަކަ ވެގެން ދިޔައެވެ. ރަށްރަށުގައި ފެނަކައިގެ ކިތަންމެ މުއައްޒަފުންނެއް ތިއްބެއް ކަމަކު ދިހަވަރަކަށް ހާހަށްވުރެ ބޮޑު މުސާރައެއް ލިބެނީ ވަރަށް މަދު މީހަކަށެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި ފެނަކައިގެ މުއައްޒަފުން ޑރ. މުއިއްޒުގެ ކަންފަތް ދޮށުގައި ވަޒީފާއިން ވަކިނުކުރުމަށް އެދި އާދޭސް ކުރީ އެމީހުނަށް އެލިބޭ ކުޑަ މުސާރައަކީ ވެސް ވަރަށް އަގުބޮޑު ބޭނުންތެރި އެއްޗަކަށް ވެގެންނެވެ. 

ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގެއްލުމާއި ފައިދާ ހިއްސާކުރާނީ ސަރުކާރުންނެވެ. އެހެން ކަމުން ސަރުކާރުގެ ސިޔާސީ މުއައްޒަފުންނަށާއި ފެނަކަ މުއައްޒަފުންނަށް ވެސް ހަރަދު ހިނގާނީ ދައުލަތުގެ މަލިއްޔާއިންނެވެ. ފެނަކައިގެ މުއައްޒަފުންނަކީ ދައުލަތަށް އާމްދަނީ ހޯދާދޭ ބައެކެވެ. ސިޔާސީ މުއައްޒަފުންނަކީ އާމްދަނި ހޯދާދޭ ބައެއް ނޫނެވެ. 

އެހެނެއް ކަމަކު ޑރ. މުއިއްޒަށް ބޮޑު ހަރަދަކަށް ވީ ރަށްރަށުގައި ތިބި ފެނަކައިގެ މުއައްޒަފުންނަށް މުސާރަ ދިނުމެވެ. ފެނަކައިގެ ދިހަބާރަ މުއައްޒަފުންނަށް ދޭ މުސާރައާއި އެއްވަރުގެ މުސާރައެއް ލިބޭ އެތައް ސަތޭކަ ސިޔާސީ މުއައްޒަފުންނަށް ވަޒީފާ ދޭކަށް ބޮޑުކަމަކަށް އަދި ބޮޑު ހަރަދަކަށް ވެސް މުއިއްޒަކަށް ނުވެއެވެ. 

]]>
Sat, 30 Dec 2023 18:30:22 +0500 ހީރަސްނިއުސް
ޕީއެންއެފް: ޔާމީނުގެ އަދަވާތްތެރިންގެ ޕާޓީ!! https://heerasnews.com/2146 https://heerasnews.com/2146 ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރ ރައީސް ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގެން ޕީއެންއެފް ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. ރައީސް ޔާމީނުގެ އެ މަސައްކަތްޕުޅަކީ ރައީސް ޔާމީނު އަރިހުގައި ތިއްބެވި އެމަނިކުފާނުގެ އަދަވާތްތެރިންނަށް އުފައްދަވާ ޕާޓީއެއްކަމަށް ޕީޕީއެމް-ޕީއެންސީގެ އިސް މެންބަރުން ގަބޫލުކުރާ ކަމަށް އެކޯލިޝަންގެ ސެނެޓަރެއްގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. 

ޕީޕީއެމް - ޕީއެންސީން ރައީސް ޔާމީނު ދޫކޮށް ނުލާކަމަށާއި، ރައީސް ޔާމީނު ވެސް ޕީޕީއެމް - ޕީއެންސީގެ މެންބަރުން ދޫކޮށް ނުލައްވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ގަބޫލު ކުރައްވާ ކަމަށްވެއެވެ. ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ދެކިވަޑައި ގަންނަވަނީ ރައީސް ޔާމީނު އެބޭފުޅުންގެ ތެރެއަށް އަދި އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. 

ޕްރޮގްރެސިވް ކޯލިޝަންގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށްވުރެ ރައީސް ޔާމީނު ދެކެ ލޯބިވާ ހެޔޮއެދޭ އެއްވެސް އެހެން ބަޔަކު ނުތިބޭނެ ކަމަށް ވެއެވެ. ރައީސް ޔާމީނަށް ހައްގު މަގާމާއި އިހުތިރާމް އަރުވާނެ އެހެން ބަޔަކު ޕްރޮގްރެސިވް ކޯލިޝަން ނޫނީ ނުއޮންނާނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެހެންނަމަވެސްވާ ލޯބިން ރައީސް ޔާމީނު ވިދާޅުވިގޮތަށް ޕްރޮގްރެސިވް ކޯލިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރިނަމަ އިތުރު ދިހަ އަހަރު ވަންދެން ތިބެން ޖެހުނީހީ މަގުމަތީގައި ކަމަށް އެކޯލިޝަނުން ދެކެއެވެ.

ޑރ. ޖަމީލާއި މަލީހާއި ހުސައިން ވަހީދާއި ޕަޕާއާއި އައްބާސް އާދިލް ރިޒާމެންނަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެކި ފަހަރުމަތިން އެ މަނިކުފާނަށް ބޮޑެތި ދުއްތުރާތައް ކުރައްވާފައި ތިއްބެވި ރައީސް ޔާމީނުގެ އަދާވާތްތެރިން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބޭފުޅުން ސިފަކުރައްވައެވެ. އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ކާކު ކުރީ ކޮން އިރަކު ކީއް ކަން މާބޮޑަށް ރައީސް ޔާމީނަށް އެނގި ވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީނުގެ ޝަރީއަތުގެ ކަންކަމުގައި ޑރ. ޖަމީލު ވަރަށް ބޮޑެތި ގޯސްތައް ހައްދަވާފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތު ކުރެއެވެ. ޝަރީއަތް ދިގުލުމާއި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވުމުގެ ޒިންމާ އުފުއްލަވަން ޖެހި ވަޑައިގަންނަވާނީ ޑރ. ޖަމީލުކަމަށް އެ ކޯލިޝަނުން ދެކެއެވެ. 

ޕީއެންއެފް އަކީ އަރިހުގައި ތިއްބެވި އަދާވާތްތެރިން ކޯނަރ ކުރައްވާ ރައީސް ޔާމީނު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރކަމަށް އެބުރި ވަޑައިގަތުމަށް ކުރައްވާ ހިކުމަތްތެރި މަސައްކަތްޕުޅެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ އިސް ސަފުން ދެކެއެވެ. ޕީއެންއެފް ބޮޑު ޕާޓީއެއްގެ ގޮތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުން ފެނުމަށްވުރެ ގާތީ ނުފެނުން ކަމަށާއި އެމްއާރުއެމް އާއި ދަ ޑިމޮކްރެޓްސް ފަދަ ނަމެއްގައި އޮތް ޕާޓީއަކަށް ޕީއެންއެފް ފަހަރުގައި ވެދާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ދެކެއެވެ. ޕީއެންއެފްގެ ޓިކެޓްގައި ނިކުމެ މަޖިލީހުން ގޮނޑިއެއް ހޯއްދެވޭނެ ހަމަ އެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމް-ޕީއެންސީން ދެކޭ ކަމަށް ވެއެވެ.       

]]>
Fri, 29 Dec 2023 16:26:13 +0500 ހީރަސްނިއުސް
މުއިއްޒު ދެކެނީ ޔާމީނަށް ކޮށްފައިވަނީ ހަރާންހުމެއް ނޫންކަމަށް! https://heerasnews.com/2141 https://heerasnews.com/2141 ރައީސް މުއިއްޒަކީ އާފާޑަކަށް ވައުދު ފުއްދަވާ ބޭފުޅެކެވެ. ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެން މައި ތިން ވައުދު ފަސޭހަކަމާއެކު މިހާރު ވަނީ ފުއްދަވާ ނިންމަވާފައެވެ. ކިހާ ކުޅަދާނެހެއްޔެވެ.

ރައީސް މުއިއްޒު ވެރިކަމަށް ހުވާ ކުރެއްވުމާއެކު ރައީސް ޔާމީނު ހުންނަވާނީ މިނިވަންވެ ވަޑައިގެންފައި ކަމަށް މުއިއްޒު ކުރިން ވަނީ އެތައް ފަހަރަކު ވިދާޅުވެފައެވެ.  ރައީސް މުއިއްޒު ވެރިކަމަށް ހުވާ ވެސް ކުރައްވައިފިއެވެ. މުއިއްޒުގެ ވެރިކަމަށް ސާޅީސް ވަނީއެވެ. ރައީސް ޔާމީނު ހަމަ ހުންނެވީ މުއިއްޒު ވިދާޅުވި ހަރާން ހުކުން ތަންފީޒު ވޭވެއެވެ. އެކަމަކު ރައީސް ޔާމީނު މިނިވަން ކުރެއްވުމުގެ ވައުދު ފުއްދެވިއްޖެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. 

ކިހާ ފައްކާ ހެއްޔެވެ. ރައީސް ޔާމީނަށް ހަރާން ހުކުން ކުރި ކޯޓް ރައީސް މުއިއްޒަށް މިހާރު ބަރާބަރެވެ. ރައީސް ޔާމީން މިނިވަންވުން އޮތީ ޖުޑިޝަރީގެ އަތް މަތީގައި ކަމަށް ވިދާޅުވެ ޖުޑިޝަރީގެ ބޮލަށް އެކަން ކަޑުއްވާ ލެއްވީއެވެ. ރައީސް ޔާމީނު މިނިވަން ކުރުމަކީ ސަރުކާރާ ގުޅުމެއް އޮތްކަމެއް ނޫންކަމަށް ވެނިމިއްޖެއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ވެރިކަމަށް ވަޑައިގެން ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވިއިރު އެއީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމެއް ނޫންކަން މުއިއްޒަށް އެނގިވަޑައި ނުގަންނަވަނީތާއެވެ. ކުރީގެ ސަރުކާރުން ޝަރީއަތަށް އަތްބާނާ ނުފޫޒު ފޯރުވައިގެން ހަރާން ހުކުމެއް ކުރުވައިގެން ރައީސް ޔާމީނަށް އަނިޔާ ލިބިވަޑައިގަންނަވަމުން ދާކަން އެނގި ވަޑައިގެން ހުންނަވާ އެ އަނިޔާގައި ރައީސް ޔާމީނު ބަހައްޓަވަން ދޫކޮށްލައްވައިގެން ރައީސް މުއިއްޒު ހުންނަވަނީ ކޮން ގާނޫނީ ހަމައަކުން ހެއްޔެވެ. ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ވިދާޅުވަނީ ރައީސް ޔާމީނު މިނިވަން ނުކުރައްވަން ވެގެންނެވެ.

އެއްވެސް ރައްޔިތަކަށް ހައްގުނޫން އަނިޔާއެއް ލިބެމުން ދާކަން އެގިވަޑައިގެން ހުންނަވާ އެކަން ނުހުއްޓުވާ ހުންނަވަން ރައީސް މުއިއްޒަށް ގާނޫނު އަސާސީ ހުއްދައެއް ނުކުރެއެވެ. ރައީސް ޔާމީނަށް އަދަބު ލިބިވަޑައިގަންނަވަނީ ބޭއިންސާފުން ކަމަށްވާނަމަ އެކަން ހުއްޓުވަން ރައީސް މުއިއްޒަށް ލާޒިމެވެ. އެކަން ނުހުއްޓުވާ ޖުޑިޝަރީގެ މައްޗަށް އެކަން ދޫކޮށްލައްވައިގެން ހުންނެވުމަކީ ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފްވުމެވެ. 

ރައީސް ޔާމީނު މިނިވަން ނުކުރައްވާ ރައީސް މުއިއްޒު ހުންނަވާ ހުންނެވުމަކީ ރައީސް ޔާމީނަށް ތަންފީޒު ކުރެވޭ ހުކުމަކީ ހަރާން ހުކުމެއް ނޫންކަމަށް ރައީސް މުއިއްޒު ގަބޫލުކުރެއްވުމެވެ. ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ކުރީގެ ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވައިގެން އިއްވާފައިވާ ހުކުމެއް ނަމަ ނުފޫޒު ފޯރުވަން ކުރިކަމަކާއި ފޯރުވާފައިވާ ނުފޫޒެއް ސާބިތުކޮށް ނުފޫޒުފޯރުވި ބަޔަކާ މެދު ފިޔަވަޅު އެޅުމަކީވެސް ރައީސް މުއިއްޒަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. އެކަން ނުކުރައްވާ ވޭތުވެދާ ކޮންމެ ވަގުތަކީ ހުވަޔާ ހިލާފުވެ ވަޑައިގެން ހުންނަވާ ވަގުތެކެވެ. 

ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ވިދާޅުވުމަކުން ރައީސްކަމުގެ ގާނޫނީ ޒިންމާ އަދާކުރެއްވުނީ ކަމަކަށް ނުވާނެއެވެ. ވެވަޑައިގެން ވައުދު ފުއްދުނު ކަމަކަށް ވެސް ނުވާނެއެވެ. ހަމައެކަނި ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ވެވަޑައިގެން ވައުދު ނުފުއްދެވުން ވެސް ރައީސް މުއިއްޒު އަޒުލް ކުރަން ޖެހޭ ސަބަބަކަށް ފުދެއެވެ.

]]>
Thu, 28 Dec 2023 14:57:01 +0500 ހީރަސްނިއުސް
ޖުޑީޝަރީގެ ހުރުމަތް ކެނޑި މުއިއްޒު ބާލަންޖެހޭ! https://heerasnews.com/2130 https://heerasnews.com/2130 ދައުލަތުގެ ތިން ބާރުން އެއްބާރަކީ ޖުޑީޝަރީއެވެ. ޖުޑިޝަރީއަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ އިސްފަރާތެވެ. ދައުލަތުގެ ކަމަކާ ހަވާލުވެ ހުރި މީހަކަށް ވިޔަސް ޝަރީއަތުގެ ކަމަކާ ބެހި ފާޑުކިޔާ ނުފޫޒު ފޯރުވާ ހެދުމަކީ ގާނޫނު އަސާސީ މުޅިން މަނާކުރާ ކަމެކެވެ. ޝަރީއަތުން ކުރާކަމަކާ ބެހި ފާޑުކިޔާ މުޅި ނިޒާމްގެ އިތުބާރު ކަނޑުވާލަން މަސައްކަތް ކުރުމުގެ ބާރެއް އެކަކަށްވެސް ލިބިގެނެއް ނުވެއެވެ.

ޝަރީއަތުން ކުރާ ހުކުމަކާ ހިތް ހަމަ ނުޖެހުނަސް މަގުމައްޗަށް ނިކުމެ ހަޅޭފަޅޭޖަހާ ޝަރުއީ ނިޒާމްގެ އިތުބާރު ކަނޑުވާލަން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރާ ބޮޑުކުށެކެވެ. ޝަރީއަތުން ކުރާ ހުކުމަކާ ހިތް ހަމަ ނުޖެހޭނަމަ އިސްތިއުނާފް ކޮށްގެން ހުކުން ބަދަލުކުރުވުމުގެ ޖާގަ ޝަރުއީ ނިޒާމުގައި އޮވެއެވެ. އެކި މަރުހަލާގެ ކޯޓުތައް ހުންނަނީ އެހެން ވެގެންނެވެ. 

ޝަރުއީ ނިޒާމުގައި ހުންނަ އުނިކަންކަން ރަނގަޅު ކުރެވޭނީ ގާނޫނީ އޮނިގަނޑު އިސްލާހު ކޮށްގެން ގާނޫނީ ނިޒާމްގެ ތެރެއިންނެވެ. ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނު ތަކުންނެވެ. މަގުމައްޗަށް ނިކުމެ ހުކުން ހަރާން ކޮށްގެނެއްނޫނެވެ. 

ފަހުގެ ތާރީހުގައި ރާއްޖޭގެ ޖުޑިޝަރީގެ ހުރުމަތް ކެނޑުމުގެ އެންމެ ކުރީގައި ހުރި މީހަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިހާރު އެހުރި ޑރ. މުއިއްޒެވެ. ވެރިކަމަށް ހުވާކުރުމަށް ފަހު އެންމެ ފުރަތަމަ ގައުމާ މުހާތަބްކޮށް ދިން ތަގުރީރުގައިވެސް ރާއްޖޭގެ ޖުޑީޝަރީގެ ހުރުމަތް އޭނާ ވަނީ ކަނޑާލާފައެވެ. ވެރިކަން ހޯދީވެސް ޖުޑިޝަރީގެ ހުރުމަތް ކަނޑައިގެންނެވެ. 

ޑރ. މުއިއްޒު ވެރިކަމަކަށް ހުވާކޮށްފާ ގައުމާ މުހާތަުކޮށް ދެއްކި ވާހަކާގައި ބުނެފައިވަނީ އޭނާ ވެރިކަމަށް އެރީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިންމުމަށް ކަމަށެވެ. "އެކަން މި ނިންމީ" ކަމަށް އޭނާ ބުންޏެވެ. އެވަރުގެ ބޮޑު އެހާމެ ނުރައްކާތެރި ތުހުމަތެއް ކުރީގެ ސަރުކާރު ތަކަށް އޭނާ ކުރިއިރު ކުރީ ސަރުކާރު ތަކުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވިކަން އޭނާ ސާބިތު ކޮށްދީފައެއްް ނެތެވެ. އަނެއްކޮޅުން ވެރިކަމަށް އައުމަށް ފަހު އެބުނާ ނުފޫޒެއް ފޯރުވިޔަ ނުދޭން ކުރިއެއްވެސް ކަމެއް ފެންނާކަށް އަދި ނެތެވެ.  

ރާއްޖޭގެ ފަނޑިޔާރުންނާއި މުޅި ޖުޑިޝަރީ ނުފޫޒުގެ ދަށުވެފައި އޮތްކަމަށް ބުނެ އެކަން ސާބިތުކޮށް ނުދެވޭ މީހަކަށްވުރެ ބޮޑަށް ކޯޓުގެ ހުރުމަތް ކެނޑި މީހަކު ނުހުންނާނެއެވެ.

ވެރިކަމަށް އައުމަށްޓަކައި ޝަރުއީ ނިޒާމުގެ އިތުބާރު ކަނޑުވާލުމަށް މަގު މައްޗަށް މީހުން ނެރެގެން ހަރާން ހުކުމޭ ގޮއްވުމުގައި އެންމެ އިސްކޮށް ހުރި އެކަކީ މުއިއްޒެވެ. ރައީސް ޔާމީނަށް ހުކުމް ކުރުމާއެކު އެހުކުމަށް ހަރާން ހުކުމުގެ ނަންދިން އަދުރޭ ހުރީ ޑރ. މުއިއްޒުގެ އެންމެ އިސް މުޝީރުގެ ގޮތުގައެވެ. ވޯޓްހޯދަން ދިޔަހާ ތާކަށް ގޮސް ކުރިހާ ކެންޕޭނެއްކުރީ ވެރިކަމަށް އައުމާއެކު ޝަރުއީ ހުކުމެއްގައި ހުރި މީހަކު މިނިވަންކުރާނެ ކަމުގެ ދޮގު ވައުދު ވަމުންނެވެ. ބަންދުގައި ހުރި މީހެއްގެ ފޮޓޯ ގާނޫނާ ހިލާފަށް ބޭނުން ކޮށްގެންނެވެ.

ރައީސް ޔާމީނު ބަންދުގައި ހުންނެވީ އަނިޔާވެރި ކަމާއެކު ކުރި ހަރާން ހުކުމެއްގެ ސަބަބުން ކަމަށް މުއިއްޒު ބުނެފައިވަނީ އެއްތާކު ދެތާކު ނޫނެވެ. އެއް ޖަލްސާއަކު ދެޖަލްސާއަކު ނޫނެވެ. އެއް ފަހަރަކު ދެފަހަރަކު ނޫނޫނެވެ. އެކަކު ދެމީހަކު ގާތަކު ނޫނެވެ. ރައީސް ޔާމީނު މިނިވަން ކުރުމަށް އޮތް ލަހަކީ މުއިއްޒު ވެރިކަމަށް ހުވާކުރަންވާ ލަހެއް ކަމަށް އޭނާ ބުނަމުން ދިޔައެވެ. ވެރިކަމުގެ ހުވާ ކުރާނީ ރައީސް ޔާމީނު މިނިވަން ކޮށްގެން އެމަނިކުފާނުގެ އަތްޕުޅުގައި ހިފައިގެން ހުރެ ކަމަށްވެސް އޮތީ ބުނެފައެވެ. 

މީހަކަށް ކޯޓުތަކާއި މުޅި ޖުޑިޝަރީގެ ހުރުމަތް ކެނޑޭނީ މިހާކަށް ވަރަށެވެ. ދައުލަތުގެ އެއްބާރުގެ ހުރުމަތް ތަކުރާރުކޮށް ކަނޑާލާފައި ހުރި މީހަކު ދައުލަތުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުރުމަކަށް ކުފޫ ހަމައެއް ނޫނެވެ. ރައްޔިތުންގެ ވޯޓުން ހޮވިފަހުން ވެސް މުއިއްޒު އެހުރީ ޖުޑިޝަރީގެ ހުރުމަތް ކަނޑާ ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައެވެ. އެހެން ކަމުން އޭނާ އަޒުލު ކުރަން ޖެހެއެވެ.      

]]>
Sat, 23 Dec 2023 14:22:17 +0500 ހީރަސްނިއުސް
ސުމެއްގެ ފަހަތަށް ސުމެއް https://heerasnews.com/2129 https://heerasnews.com/2129 އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލާނެކަމަށް ބުނި ބަޔަކަށް ލިބުން ވެރިކަމުގެ ހުރިހާ ބާރެެއް މިފެންނަނީ، ފޮޅުވަތްމަތީ ފޮޅުވަތް އަޅާތަނެވެ. ރައްޔިތުން ޖަޒުބާތުގައި ޖައްސާ ވޯޓު ހޯދުމަށް ދެއްކި ހުސްގޮނޑި ގެއްލިއްޖެއެވެ. ގޮވަމުންދިޔަ ހަރާމްހުކުމް ފެނުކެއްކި ބޮލީގެ އިއްޒަތަަށް ބަދަލުވެއްޖެއެވެ.

ވަލުކުއްތާ ވަލުދޮރުން ވަންނާތީވެ ޓިނު އާކުރަން ޖެހި ހިސާބު ދިމަލެއްނުވިއެވެ. ރައްޔިތުންނަށް ދެއްކި ހުވަފެނުގައި ޤައުމު ދަރާބޯހިކޭކަަށްނެތެވެ. ރައްޔިތުންގެ ތިޖޫރި ހުސްވެެއްޖެކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރުވެެރިކަން އުފެއްދިއެވެ. މިއީ ހަޤީޤަތް ނޫންތޯއެވެ؟ މި ވަރުވީމާ ހަދިޔާއަކަށް ދެން ދޭންވީ މަޖިލިސް މެޖޯރިޓީތޯއެވެ؟

ސިޔާސީ ބުރަދަނެއް ނެތް ހިޔަނިވެސް ނުވާ، ކުޑަޕާޓީއެއް ކުއްލިއަކަށް ބޮޑުވިގޮތް ބުނެދެނީ ރައްޔިތުން ވަޒީފާގެ ބޭނުން ޖެހިފައިވާ ކަމެވެ. ޤައުމީ ވިސްނުމާ ދުުރުކަމެވެ. ރައްޔިތުންގެ ނިކަމެތި ދިރުއުޅުމުގެ ހާލަތު ކަމެވެ. ފެންނަނީ ޚައްޤުބަސް ބުނުމުގައި ފަސްޖެހޭ ތަނެވެ. ދައްކާ ދޮގު ވާހަކައަށް ރުހިގެން ތިބޭ ތަނެވެ.

އަދިވެސް ޤައުމަށް ހެޔޮ ބަދަލެއް ގެނެވޭނީ ރައްޔިތުން އެމީހުންގެ އަމިއްލަ ނަފުސުދެކެ ލޯބިވެގެންނެވެ. ނަފުސު ހޭލައްވައިގެންނެވެ. ހެދިދޮގު އަމިއްލަ ބުއްދިން ކިރާލައިގެންނެވެ. ޤައުމު އިސްކޮށްގެންނެވެ.

]]>
Sat, 23 Dec 2023 00:35:20 +0500 Chief Editor
ދީނުގެ ރުކުން ވިއްކައިގެން ޑރ. ޝަހީމް ފައިސާ ހޯދުން https://heerasnews.com/2123 https://heerasnews.com/2123 ޑރ. ޝަހީމް ހިންގަން ހަވާލުވެގެން މިއުޅެނީ އިސްލާމީ ކަންތައްތަކާ ނިކަން ރަނގަޅަށް ބެހޭ މިނިސްޓްރީއަކާއެވެ. ޝަހީމް އިސްލާމީ ކަންތައް ތަކާބެހޭ ވަރަކީ ދީން ވިއްކައިގެން ފައިސާ ހޯދުމުގައި ލަދެއް ހަޔާތެއް ނެތުމެވެ. ފިސާރި ތެދެކެވެ. އިސްލާމިކް މިނިސްޓްރީއަކީ ޗެރިޓީ ފަންޑެކެވެ. އިސްލަމިކް މިނިސްޓްރީއަކީ ވަގުފު ފަންޑެކެވެ. އިސްލަމިކް މިނިސްޓްރީއަކީ ޓްރެވަލް އެޖެސީއެކެވެ. އިސްލާމިކް މިނިސްޓްރީއަކީ ޑިވޮލޮޕްމެންޓް ބެންކެކެވެ. ވަޒީރު ކަމުގައި ޑރ. ޝަހީމްގެ މަސައްކަތަކީ އީސްލާމް ދީނުގެ ރުކުންތައް ވިއްކައިގެން ފައިސާ ހޯދައިގެން ކެއުމެވެ. 

މިދައްކަނީ ސަމާސާ ވާހަކައެއް ނޫނެވެ. ދުނިޔޭގައި އެންމެ ވަރުގަދައަށް ހިނގާ އެއްކަމަކީ މެޑިކަލް މާފިއާއެވެ. އެކަމުގައި އުޅެނީ ނުފޫޒުގަދަ މެޑިކަލް ޕްރޮފިސަރުންނާއި ޑޮކްޓަރުންނެވެ. މެޑިކަލް މާފިޔާގައި ފައިސާ ހޯދުމުގެ މައިގަނޑު ވަސީލަތަކީ މީހުންގެ ސިއްހަތެވެ. ބަލިވީމާ ބޭސް ފަރުވާ ކުރުމަކީ ނުކޮށް ނުވާނެ ކަމެކެވެ. ދައުލަތްތަކުގެ އެންމެ ބޮޑު ޒިންމާއަކީ އެދައުލަތެއްގައި ހިމެނޭ މީހުންގެ ސިއްހަތު ސަލާމަތް ކުރުމެވެ. އެކަމަށްޓަކާ ކުރަންޖެހޭ ކޮންމެ ހަރަދެއް ކުރުމަކީ ދައުލަތަށާއި ކޮންމެ ފަރުދަކަށްވެސް ލާޒިމު ކަމެކެވެ. ވެރިކަން ހިންގުމުގެ ނިޒާމުގެތެރޭގައި ވަކިހިއްޕާލައިގެން ތިބެ ސިއްހީ ހިދުމަތުގެ ނާޖާއިޒު ފައިދާ ނަގައިގެން މިލިއަނަރުންނަށްވެފައި ތިބި ކިތަންމެ ބަޔަކު ދުނިޔޭގައި އެބަތިއްބެވެ. ރާއްޖޭގެ ނިޒާމުގެ ތެރޭގައިވެސް މެޑިކަލް މާފިޔާ އަށަގަނެ ބަޔަކު ފައިސާ ޖަހާ މެޝިނަކަށް ސިއްހީ ހިދުމަތް ބަދަލުވަމުން ދާތަން ވިސްނާ ބަޔަކަށް މިހާރު ފެންނާނެއެވެ. 

ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ. ދީނީ އަޅުކަން ކަމަކީވެސް ބަޔަކު ފައިސާ ހޯދާ ވަސީލަތެއް ކަމަށް ހަދަން ދިމާ ކޮށްފިއްޔާ އެކަމަކީވެސް މެޑިކަލް މާފިޔާ ފަދަ ބޮޑު ޖަރީމާއަކަށް ހަދާކަށް އުނދަގުލެއް ނުވާނެއެވެ. އަމިއްލަ ވިޔަފާރި ޕާޓްނަރ ނައިބަކަށް ލައިގެން ޑރ. ޝަހީމްގެ ވިސްނުން އެހުރީ ސީދާ އެ މިސްރާބަށޭ ނުބުނާ ވަރެއްނޫނެވެ. 

އިސްލަމިކް މިނިސްޓަރުކަން ލިބުމާއެކު ހުރިހާ ހައްޖު ކޯޓާއަކީ ޝަހީމް ބޭނުންވާ ގޮތަކަށް ނޫނީ ނުދެވޭ އެއްޗަކަށް އެވަނީ ހަދާފައެވެ. ހައްޖު އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުން ހައްޖު ކޮޓާ ހޯދުމަށް ޝަހީމުގެ އުނގުތެރެއަށް ފުންމާލަން ޖައްސައިފިއެވެ. ކޮންމެ ކޯޓާއަކަށް ވަކި ނިސްބަތަކުން ހައްޖު ކޯޕަރޭޝަނަށް ފައިސާ ނުދީ ހިލޭ ކޯޓާ ލިބުމުގެ ދޮރު ނިކަން ރަނގަޅަށް ބަންދެވެ. ހައްޖު ކޯޕަރޭޝަންގެ ސާރވިސް ޗާޖެއްގެ ގޮތުގައި ހެޔޮވަރުގެ އަދަދެއް ނުދައްކައެއްވެސް ނުވާނެތާއެވެ. އަނެއްކޮޅު ބިޑް އުސޫލުން އެންމެ ބޮޑު އަގެއްދޭ ބަޔަކަށް ކޯޓާ ދޭ އުސޫލެއް ހަދައިގެން ލައްކަ ލައްކައިން ފައިސާ ހޯދޭނެއެވެ. 

ހައްޖު އުމްރާއަށް ގެންދިއުމުގެ ނަމުގައި އިސްލަކް މިނިސްޓްރީން ނިކަމެތިން އަތުން އިންސްޓޯލްމަންޓައް ފައިސާނަގައިގެން ވިޔަފާރި ކުރުމަކީ ހައްޖު އުމުރާއަކީ ބައެއްގެ ވިޔަފާރި މުދާގަނޑަކަށް ހެދުންނޫން އެހެން ކޮންކަމެއް ހެއްޔެވެ. އެކަންވެސް ރާއްޖޭގައި ތައާރަފްކުރީ ޝަހީމެވެ. އެކި އެކި މީސް މީހުން މުޅި ދިރިއުޅުމަށް ކުރިހާ މަސައްކަތުން އެއްކުރިހާ ފައިސާކޮޅު ހައްޖު ކޯޕަރޭޝަނަށް ނަގައިގެން ވޭޓް ލިސްޓުގައި ބައިތިއްބައިގެން އެފައިސާއިން ހައްޖު ކޯޕަރޭޝަނުން ފަސްހަ އަހަރު ވިޔަފާރި ކޮށްކޮށް ހުއްޓާ ހައްޖަށް ނުދެވި މަރުވެފައިވަނީވެސް ކިތަންމެ ބައެކެވެ. ނަންވާނީ އަތަމާއެވެ. ހަގީގަތުގައި ވެސް ހައްޖު އުމުރާގެ ކަންކަމުގައި އިސްލަމިކް މިނިސްޓްރީ ވަނީ ވަރުގަދަ ޓުއަރ އޮޕެރޭޓަރަކަށް ބަދަލުވެފައެވެ. 

ޒަކާތު ހައުސް ހަދައިގެން ޒަކާތު ފަންޑު ހުޅުވައިގެން ޖަހަންއުޅޭ ސަކަރާތް ވަކީން ހުތުރުވާނެއެވެ. ބޭސް ފަރުވާއަށް އެހީވުމާއި ޒަރޫރީ ހާލަތް ޖެހިފައި ތިބޭ ނިކަމެތިންނަށް އެހީވުމުގެ ނަމުގައި ފައިސާ ފުނިޖަހައިގެން ކުރަން އުޅޭ ކަންތައް ބަލަން ތިބޭށެވެ. އައުގާފް ފަންޑް ހަދައިގެން ވަގުފް ބިލްޑިންގ އަޅައިގެން ފައިސާ ފުނި ޖަހާއިރު ރައްޔިތުން ޓެކުހުން އަރައި ގަނެވޭނެ ގޮތެއް ހަދައެއް ނުދޭނެއެވެ. އެހެން ކަމުން އިސްލަމިކް މިނިސްޓްރީއަކީ ވެސް ދައުލަތަށް ފައިސާ ހޯދުމަށް ރައްޔިތުންގެ ޖީބުކަނޑާ ތަނަކަށް ބަދަލުވީއެވެ. 

ޑރ. ޝަހީމް ދީން ވިއްކައިގެން ފައިސާ ހޯދަން ފަށަފައިވާ މަސައްކަތުގައި ނަމާދަށް މިސްކިތައް އަރާ މީހުން ސްކޭން ކުރެވިގެން އޮޓަމެޓިކުން ކޮންމެ މީހެއްގެ އެކައުންޓުން ވަކި އަދަދަކަށް ފައިސާ ކެނޑޭ ސިސްޓަމެއް ތައާރަފް ނުކުރާނެ ކަމެއް ވެސް ނޭގެއެވެ. މުސްލިމަކަށް ވީތީ ދީން ކުރިއެރުވުމުގެ ނަމުގައި ބޮލަކުން މަހަކު ވަކި އަދަކަށް ފައިސާ ނުނަގައި ހުންނާނެއެކޭ ހިތަކަށް ނާރައެވެ. އަގެއް ދައްކައިގެން ވަގުތީ ކައިވެންޏެއް ކޮށްދީގެން ހުއްދަ ހަށިވިއްކުމުގެ ވިޔަފާރިއެއް ނުފަށާނެ ކަމެއް ނޭނގެއެވެ. ދީން ވިއްކައިގެން ފައިސާ ހޯދަން ޝަހީމް ހަމަ މާމޮޅީއެވެ. 

]]>
Thu, 21 Dec 2023 17:22:55 +0500 ހީރަސްނިއުސް
ވަގުވިޔަފާރިއަށް ކަސްޓަމް ދޮރުތަކުގެ ތަންޑު ނައްޓާލުން https://heerasnews.com/2120 https://heerasnews.com/2120 ހަމަ ރަގަޅަށްވެސް ހަތަރެސްކަން ހަމަވީއެވެ. ވަގުވިޔަފާރީގެ މައި ހަބަކަށް ރާއްޖެ ބަދަލުކޮށްލަން އެންމެ ފަހުން ނުކޮށް އޮތް ކަންތައް ވެސް ކުރަން ނިންމީއެވެ. ބޮޑެތި ވިޔަފާރިވެރިން ގެންނަ މުދާ ކޮންޓޭނަރުތައް ކްލިއަރ ނުކޮށް މުދަލުގެ ވެރިފަރާތުގެ ސައިޓުތަކަށް ގެންދާ ގޮތަށް ނިންމީއެވެ. ބޯޑާ ސެކިއުރިޓީ ފޫދުއްވާލަނީއެވެ.

ރާއްޖެއަށް އެތެރެކުރާ މުދާ ކޮންޓޭނަރުތައް ކްލިއަރ ކުރުމަކީ އެބައެއްގެ ސައިޓަކަށް ގެންގޮސްގެން ކުރާ ކަމަކަށް ބަދަލު ކޮށްލަނީއެވެ. މުދާ ކްލިއަރ ކުރަން ކަސްޓަމު އޮފިސަރު ދާން ޖެހެނީ މުދަލުގެ ވެރިފަރާތުގެ ސައިޓަށެވެ. ކަސްޓަމް އޮފިސަރު މުދާ ކްލިއަރ ކުރަން މުދާހުރި ސައިޓަށް ދާން ޖެހެނީ މުދަލު ވެރިފަރާތުން މީހުނަށް ވަގުތުވެގެން އަންނަން ބުނީމައެވެ. 

އެތެރެކުރާ މުދާ ކޮންޓޭނަރުތައް އަމިއްލަ ސައިޓްތަކަށް ދޫކޮށްލުމުގެ ބަހަނާ އަކަށް ދައްކަނީ ޕޯރޓް ތަކުގައި ތަން ނެތުމެވެ. ކުލިއަރ ކުރަން ލަސްވުމާއި ޑެމަރޭޖު އެރުމުގެ ބަހަނާއެވެ. ކަމެއް ނުކުރާން ވީމާ ދައްކާނެ ބައިވަރު ހަމަ ހުންނާނެއެވެ. އެތެރެކުރާ ގޮތަށް އެ މީހަކު ޖެހުނު ތާކުން ޖެހުނު ގޮތަކަށް ގެންދަން ދޫކޮށްލީމާ ތަން ނެތުމާ ޑެމަރޭޖްގެ ބަހަނާއެއް ނުއޮންނާނެއެވެ. އޭރަކުން އަދާކުރަންޖެހޭ ޒިންމާއެއް ސަރުކާރަކަށް ނުއޮންނާނެ ނޫން ހެއްޔެވެ. ދައުލަތެއް އޮތުމުގެ ބޭނުން ނެތަސް ވަރިހަމަތާއެވެ.

އެތެރެ ވުމުން ކޮންޓެއިނަރު އަމިއްލަ ސައިޓް ތަކަށް ދޫކޮށްލަނީ ކަސްޓަމުން ކޮންޓޭނަރުގައި ތަޅެއް އަޅުވާފައި ކަމަށްވެއެވެ. އެ ތަޅުގެ ޑަބަލް ތަޅުދަނޑި އޮންނާނީ ކޮންތާކު ކިހާވަރަކަށް ރައްކާތެރި ކުރެވިފައި ކަމެއް ނޭގެއެވެ. ކޮންޓޭނަރު ސައިޓަށް ގެންގޮސް އަޅާނެ އެއްޗެއް އަޅާ ނަގާނެ އެއްޗެއް ނަގާ ހެދުމަށްފަހު ރަގަޅަށް ކްލިއަރ ކޮށްލެވޭ ވަރަށް ތައްޔާރުކޮށްލާފައި ކަސްޓަމަށް ގުޅާ ކަސްޓަމު އޮފިސަރަކު ގެންގޮސްގެން ކޮންޓޭނަރ ކްލިއަރ ކޮށްލީމާ ކިހާ ހިތްގައިމު ވާނެހެއްޔެވެ. އެތެރެ ކުރުން މަނާ އެއްޗެއް އެކޮންޓޭނަރަކުން ނުފެންނާނެއެވެ. އެންމެން ނުކުރިޔަސް މިއްޔަކީ އެކަން ކަން ނުހިނގާނެ ގޮތް ގޮތެއް ނޫނެވެ.

މި އުޅެނީ އެމްޕީއެލް ސަރަހައްދުގައި އެންމެންގެ ކުރިމަތީގައި މުދާ ކްލިއަރ ކުރާއިރުވެސް ކުރާ ވައްކަމުން ތަންދޮރު ނޭނގިގެނެވެ. މަސްތުވާ ތަކެއްޗާއި ރަލާ ހުއްދަ ނޫން އެތައް ބާވަތެއް އެތެރެ ކުރާތީ އޮބި ނޯވެގެންނެވެ. އާގު ބޯޓުފަހަރަށް ފޮނުވާ ކަސްޓަމު އޮފިސަރުންނާ ގުޅިގެން ބޯޓުފަހަރުން ގަވައިދާ ހިލާފަށް މުދާ ބާލާތީ ކެތް ނުވެގެންނެވެ. ބޯޓުން ބާލައިގެން ގެންނަ ގޮތަށް ކޮންޓޭނަރު އަމިއްލަ ސައިޓް ތަކަށް ފޮނުވާފައި ފަސޭހަ ގަޑިއެއްގައި ކްލިއަރ ކޮށްލާ ގޮތަށް ހަމަ ޖެހުނީމާ އޮބި ނޯންނާނެއެވެ. ޑްރަގާ ރަލާއި ހަތިޔާރަށް ދަންދެން ހުންނަތަން ފެންނާނީ ފައްލައު ކޮށްފައެވެ. 

ވަގުވިޔަފާރީގެ ހުރިހާ ރުކުނެއް ބަރާބަރަށް އޭރުން ދިވެހީންގެރާއްޖޭގައި ހުންނާނީ ފުރިހަމަ ވެފައެވެ. ރަލާ މަސްތުވާ އެއްޗިއްސާއި ވަގު ޑޮލަރާއި ހަށިވިއްކުމުގައި އިންސާނީ ވަގުފާރީގެ ތެރެއިން ރާއްޖެއަށް އެތެރެވެގެން އުޅޭހާ ބަންގާޅީން ކުރިމައްޗަށްނެރެ ބޭތިއްބީމާ ލަވަ ކިޔާލާފައި އުޅޭނެއެވެ. ގޭންގް ސްޓަރުންނާއި މަހުޖަނުންގެ ކޮށާރުތައް ފައިސާގެ ބަންޑެލި ތަކުން ފުރެ ބާރުވާނެއެވެ. ކޮންމެ ގޭންގެއްގައި އެންމެ މިޒަމާނުގެ ހަތިޔާރު ހުންނާނެއެވެ. ހަގީގީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބޭނެއެވެ.   

]]>
Wed, 20 Dec 2023 19:05:55 +0500 ހީރަސްނިއުސް
އިތުރަށް ބަރަހަނާ ނުވެ ދެންވެސް އަވަހަށް ފައިބާ! https://heerasnews.com/2116 https://heerasnews.com/2116

އޭ މިހިރަ ރައީސް މުއިއްޒޫއެވެ. އިތުރަށް ބަރަހަނާ ނުވެ ދެންވެސް އަވަހަށް ފައިބާށެވެ. މީހުންގެ ރުޅިގަނޑު ފަޅައިގެންދާން ތައްޔާރު ވެއްޖެއެވެ. އިތުރަށް އެންމެ ދުވަހަކު ވެސް ވެރިކަމުގައި ހުންނަ ވަރަށްވުރެ ތިޔައީ ދޮގުވެރިއެކެވެ. ދޮގު ހެދިއްޔަކީ އެއްކަމެއް ދެކަމެއް ގައެއް ނޫނެވެ. 

ކުރީގެ ސަރުކާރުން މަސްކަނޑު ވިއްކާލައިފިޔޭ ވެސް ކީމު ނޫން ހެއްޔެވެ. މަސް ކަނޑު ވިއްކާލިކަމަށް ބުނެ ފުމެއެރުވީ ރައީސް ސޯލިހު މޮރިޝަސް ބޮޑުވަޒީރަށް ފޮނުވި ސިޓީއަކުން ކަމަށް ގޮވާ ހެދީމު ނޫންހެއްޔެވެ. އެ ސިޓީއެއް ހާމަ ނުކޮށްގެން ހީވީ ދެންމެ ދެންމެ ބޮލަށް އުޑު ވެއްޓިދާނެތީ އުޅުނު ހެންނެވެ. އެ ސީޓީގައި އެޒާތުގެ އެއްވެސް ވާހަކައެއް ނުއޮންނާނެއޭ އޭރުގެ ސަރުކާރުން ބުނީމާ އެ އަޑެއް ނޭހީމު ނޫން ހެއްޔެވެ. 

ނުދައްކައިގެން އުޅުނު އެ ސިޓީ އެއް މިހާރު އެ އޮތީ މުއިއްޒު އަމިއްލައަށް ހާމަކޮށްފައެވެ. އެޔަކު ކަނޑު ވިއްކާލި ކަމަކަށް ނެތެވެ. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ސަރަހައްދަށް އަސަރެއް ކުރާ ޒާތުގެ އެއްވެސް ވާހަކައެއް އެސިޓީގައި ނެތްކަން އެއޮތީ ދިމާއަށް ފެންނާށެވެ.

ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއާއި ގުޅުވާ މުއިއްޒު އިސްވެ ހުރެ ދެއްކި ދޮގު ވާހަކަތައް ހާމަވެ އުނަގަނޑު ރޮދި ކެނޑި ފޮށާވެއްޓި ރަނގަޅަށް މުއިއްޒު ބަރަހަނާ ވެއްޖެއެވެ. ނިވާކުރަން އަތް އެޅިޔަސް ދެން ނިވާ ވާނީ އަތްތިލައިގެ ބޮޑުމިންހާ ތަނެވެ.

ހާމަނުކޮށްގެން ކޮށިއަރައިގެން އުޅުނު ސިޓީއަކީ ބައިނަލްއަގުވާމީ ކޮންފަރެންސެއްގެ ހަވާސާގައި ރާއްޖޭގެ އޭރުގެ ރައީސާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެކެވުނު ވާހަކަ ތަކަކާ ގުޅިގެން ރާއްޖޭން މޮރިޝަސްއަށް ފޮނުވި ސިޓީއެކެވެ. އެބުނާ ސިޓީއެއް އެއޮތީ ހާމަކޮށް ފެންނާށެވެ. 

ސިޓީގައި ބުނެފައި އޮތީ ޗާގޯހުގެ ސިޔާދަތީބާރު މޮރިޝަސްއަށް އޮތްކަމަށް އދ ގެ އާއްމު މަޖިލީހުން ނިންމި ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ. އަޅުވެތިކުރުމާ އަބަދުވެސް ރާއްޖެ ދެކޮޅުކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ޗާގޯހުގެ ސިޔާދަތާ ގުޅިގެން އދ ގައި ދެން ވޯޓެއް ނަގާނަމަ މޮރިޝަސްއާއި އެއްކޮޅަށް ރާއްޖޭން ވޯޓުދޭން ނިންމާފައި ވާކަމަށެވެ. 

ޗާގޯހުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ގަބޫލުކުރަން ނިންމިޔަސް އިޓްލޮސްގައި ހިންގަމުން ދިޔަ ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުކުރާ ކަމަށް ވެސް ސާފުކޮށް އެސިޓީގައި ބުނެފައިވެއެވެ. 

އަދި މޮރިޝަސްގެ ބޮޑުވަޒީރު އެދިވަޑައިގެންފައިވާ ގޮތުގެ މަތިން މޮރިޝަސްގެ ބޮޑުވަޒީރު ޗާގޯހަށް ރާއްޖެ މަގުން ވަޑައިތުމަށް ބޭނުންފުޅު ވާތީ އެކަމުގައި ރާއްޖޭން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް އެސިޓީގައިވެއެވެ.

ނުދައްކައިގެން ފަޔަށް ހިނި އަރައިގެން އުޅުނު ސިޓީ އެއޮތީއެވެ. އެޔަކުކު ރާއްޖޭގެ ކަނޑެއް ވިއްކި ވާހަކައެއް އިޓްލޮސްގައި ކަނޑުން ބައެއް ދޫކޮށްލަން ދޫދޭނެ ވާހަކައެއް ނެތެވެ. މިހާރު ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން އެބައްދަލު ވުމުގައި ދެ ގައުމުގެ ވެރިން ދެއްކެވި ވާހަކަފުޅުތަކުގެ ލިޔެކިޔުމެއް ނެތޭކިޔައިގެން އަނެއް ބަރަހަނާއެއް ވާކަށް އުޅޭނެކަމެއް ނެތެވެ. އެކަމުގައި ހަދާފައި އޮތް ގޯހެއް ނެތުމުން އެސިޓީއާއި ގުޅިގެން ހަދައިގެން ފެތުރިހާ ދޮގުތައް ހަލާލުކުރަން ގައިވީދަން އިތުރަށް ނޫޅޭށެވެ.  ބަލާ ހޯދިވަރަކަށް ބަރަހަނާ ވާނީ މުއިއްޒެވެ. ދާނީ ދޮގަށް ދޮގެވެ. 

ޗާގޯސްގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުގެ އިގްތިސާދީ އިމުގެ މައްސަލައިގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ކޮށިއެރި ސިޓީއާއި އެއީ މުޅިން ދެ ކަމެކެވެ. ވެރިކަމަށް ދަހިލެވި ވަރުން މުއިއްޒު ހެދިހާ ގޯސް ބޭޒާރުވެ އިތުބާރު ގެއްލުން ނޫން ކަމެއް ވަނީއެއް ނޫނެވެ. ހެދި ދޮގު ފޫބައްދަން ކޮމެޓީ ހަދައިގެން ދައުލަތުން ބޭކާރު ހަރަދުތަކެއް ގައުމިއްޔަތުގެ ނަމުގައި ކުރަން ނޫޅޭށެވެ. ދައުލަތުން ބޮޑު ހަރަދުތަކެއްކޮށް ދައުލަތް ދަވާލުމަށް ބޭނުންކުރާ ވަސީލަތަކަށް ޗާގޯސް މައްސަލަ ނުހަދާ އަވަހަށް ވެރިކަމުން މުއިއްޒު އިސްތިއުފާ ދޭށެވެ.

]]>
Wed, 20 Dec 2023 10:58:05 +0500 ހީރަސްނިއުސް
އަޒުލްކުރާ ވާހަކަތަކާއެކު ސަރުކާރުން ދީންވެރިވެއްޖެ! https://heerasnews.com/2110 https://heerasnews.com/2110 ވެރިޔަކު 5 އަހަރަށް ހޮވުމަކީ 5 އަހަރު ވަންދެން ހިތުހުރި ދޮގާ މަކަރާ ހީލަތުގެ މަތީގައި ވެރިކަން ކުރަން މީހާ ބެހެއްޓުމެއް ނޫނެވެ. ދައުރު ހަމަވުމުގެ ކުރިން ވެރިމީހާ އަޒުލް ކުރުމުގެ ބާރާ އޭގެ އިޖްރާއާތު އޮތީ ލިޔެ ބަޔާން ވެފައެވެ.

ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް އެއީ ދީފައި އޮންނަ މުތުލަގު ބާރެކެވެ. ގާނޫނު އަސާސީގައި ބަޔާން ވެގެންވާ ކަމެއް ކުރުމަކީ ބަޣާވާތް ކުރުން ނޫނީ ޣައްދާރުވުން ކަމަށް ބުނާ މީހާ ވާހަކަ އެދައްކަނީ ބަޣާވާތުގެ ބަހުރުވައިންނެވެ. ގާނޫނު އަސާސީގެ ސާފު ނައްސަކާ ދެކޮޅުވާ މީހާ ޣައްދާރަކަށް ނުވެ ގާނޫނު އަސާސީ ނަގަހައްޓާމީހާ ޣައްދާރަކަށް ވާނެ ހަމައެއް ނެތެވެ.

ސާފުކޮށް ކަނުލާ އަޑު އަހާށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބު އަޒުލް ކުރުމަކީ ރައްޔިތުންގެ މަޖިލިހަށް އޮތް ބާރެކެވެ. ދޮގާ އޮޅުވާލުމާ މަކަރު ހަދައިގެން މީހަކު ވެރިކަމަށް އަރާފާނެކަން ގާނޫނު އަސާސީ ދަނެއެވެ. މަޖިލިހަށް އެބާރު ދީފައި އެ އޮތީ އެހެން ވެގެންނެވެ.

އެކަން ކުރެވޭ އިޖްރާއާތަށް ބަދަލެއް ގެނައުމަކީ އެކަން ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު އަޒުލް ގެ 3 އަކުރު އިވުމާއެކު އިސްތަށިތަށް ކޮޅަށްޖެހި ގައިން ހީބިހި ނަގާ ރޫރޫ އަޅާ މީހަކު ހުރިއްޔާ އެއީ ކިހިނެއްވާ ކަމެއްތޯ ބަލަން އެބަޖެހެއެވެ. މިސްކިތު ހުޅުޖެހި މީހާ ވެސް ބޭޒާރުވީ އަމިއްލަ އަށެވެ.

އަޒުލް ގެ އަޑު އިވެން ފެށުމާއެކު ސަރުކާރު ދީން ވެރިވެގަތީ އަމަށަކު ވަރަކަށް ނޫނެވެ. ހީވަނީ ބަރަހަނާ ސައިޓްތަކަށް ވަދެވޭތޯ ރައްޔިތުން ލައްވަ ފިތްތަކަށް އޮއްބަން ސަރުކާާރު ބޭނުންވާ ހެންނެވެ.

އަޒުލްގެ އަޑާއެކު ސަރުކާރުގެ ދީންވެރިކަން އޮހިގެންފިއެވެ. ނަމާދާއި ޒަކާތާއި ރޯދައާއި ހައްޖުގެ ވާހަކަ ދައްކައިގަތީ އަމަށަކު ވަރަކަށް ނޫނެވެ. ބުނަން ހެއްޔެވެ؟ ދީން ދެކެ ލޯބިވާ މީހުންގެ ބަހާ ޢަމަލާ ދިމާވާނެއެވެ.

ވައުދެއް ވެއްޖެއްޔާ ޚިލާފުވެ، ބަހެއް ބުނަންޏާ އޭގައި ދޮގާ މަކަރާ އޮޅުވާލުން ހިމަނާ، މުދަލެއް ފައިސާއެއް ނުވަތަ މަސްއޫލިއްޔަތަކުން ވިޔަސް އަމާނާތަކާ ހަވާލުވެ އެއަށް ޚިޔާނާތްތެރިވާ މީހާ އެއީ ދީން ދެކެ ލޯބިން އުޅޭ މީހެއް ނޫނެވެ. އެ 3 ސިފަ އެކުލެވިއްޖެ ނަމަ އެއީ ކޮން ބާވަތެއްގެ ބައެއްކަން އިސްލާމުން ދަނެއެވެ.

]]>
Mon, 18 Dec 2023 13:00:06 +0500 ހީރަސްނިއުސް
ގޯތިދޭން ދެކޮޅު& ވޯޓު ހޯދަން މަރެއް https://heerasnews.com/2106 https://heerasnews.com/2106 މާލެސިޓީ ކައުންސިލް މޭޔަރ ކަމުގެ އިންތިހާބަކާ ރައީސުލްޖުމްހޫރިއްޔާ އިންޕީޗް ކުރުމަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ. ދުވަހަކު ވެސް އިންތިހާބީ މަގާމަކަށް ވާދަނުކޮށް ހިހޫތަނުން ދައުލަތުގެ އިސް އެތައް މަގާމެއް ފުރާ ފޭލިވެފާ ހުރި މީހަކު އަނގަ ދިޔާކުރާތީ ހިނި އާދެއެވެ. މޭޔަރ ކަމަށް ކުރާ ކެންޕެއިން ޓޫލަކަށް ރައީސްގެ އިންޕީޗްމަންޓް ހަދަން ނޫޅޭށެވެ. އެއަށްވުރެ މާލޭ ރައްޔިތުން ތިބީ ހޭލައެވެ. 

މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދޭތީ ކަންބޮޑުވެގެން އެ ވާހަކަ ދެއްކި ފުރަތަމަ މީހާގެ ފަހުރުވެރިކަމުގައި ހުރިގޮތަށް ހުރިނަމަ ނިމުނީހެވެ. މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމާ ފުރަތަމަ ދެކޮޅު ހެދިމީހާ މާލޭ މީހުން ގާތަށް ވޯޓު ހޯދަން އަންނާކަށް ލަދެއް ހަޔާތެއް ނެތެވެ. އަނެއްކާ ވޯޓު ހޯދަން މިއުޅެނީ މާލެ ސިޓީ މޭޔަރު ކަމަށެވެ. ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީތާއެވެ.

މީހަކާއެކު ތާހިރު ދިރިއުޅުމެއް އުޅޭ ނަމޫނާ ކަނބަލެއް ނަމަވެސް ރަނގަޅެވެ. ދިރިއުޅުމުން ވެސް ފެންނަނީ އެއްފަޅިއެވެ. އެހެން ކަމުން އާޒިމާ ޝުކޫރަކީ އުފެދުމުގައި ވެސް ބާތިލު ކަންކަން ނޫނީ ނުދަންނަ ކަނބަލެކެވެ. އާޒިމާއަކީ މާލޭ މީހުނަށް ގޯތިދޭން ދެކޮޅު ވޯޓު ހޯދަން މަރެކެވެ.     

އެއަރ މޯލްޑިވްސް މައްސަލައިގައި ދައުލަތަށް ލިބުނު ބޮޑުގެއްލުމު އެންމެ ބޮޑު އެއްޒިންމާ އުފުލަން އެކަމަނާފާނު ޖެހިވަޑައިގަންނަވައެވެ. ބަންޑާރަ ނައިބު ކަމުގައި ހުރެ އެއަރމޯލްޑިވްސް މައްސަލަ ބައިނަލް އަގްވާމީ ޓްރައިބިއުނަލަކަށް ފޮނުވާ މުޅި މައްސަލަ އެފުށް މިފުށަށް ޖަހާލާ އިޔާދަ ނުކުރެވޭ ވަރުގެ ކަންތައް ގަޑަކަށް ދައުލަތް ވައްޓާލީއެވެ.

އައު ގާނޫނު އަސާސީގެ ދަށުން މަޖިލީހުގައި ރައީސްގެ 8 މެންބަރުން ބައިތިއްބައިގެން އިންތިގާލީ މަރުހަލާ އެކުގައި ބަޔަކަށް ދައުލަތުން ހައްގު ނޫން މުސާރައެއް ހޯދާދިން ގާނޫނީ ލަފާ ދީގެން އެކަން ކުރުވިއެވެ.

އައު ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ވެރިކަން ނުކުރާ މީހަކަށް މައުމޫނު ހަދާ 2008ގައި މައުމޫނަށް ވާދަކުރެވޭ ގޮތަށް ޖާގަ ހަދާދިނުމަށް އިސްވެ ހުއްޓެވެ. އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ނުކުރާ މީހަކަށް ވެގެން 2008ގައި ރިޔާސީ އިންތިހާބުގައި ވާދަކުރެވުނު މައުމޫނަށް އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރާ، ކުރީގެ ރައީސުންނަށް ދޭން ކަނޑައެޅިފައި އޮންނަ އިނާޔަތާއި ރައްކާތެރިކަން ހޯދާދީ ދައުލަތަށް މައުމޫނުގެ ބަލަދު އެރުވިއެވެ.

އައު ގާނޫނު އަސާސީގެ ދަށުން ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެސް ގާނޫނީ އޮނިގަނޑު ނުހަދާ ގާނޫނު އަސާސީ ތަންފީޒު ކުރުވާ ދައުލަތް ފާލުން ނައްޓާލުމުގައި އިސްކޮށް ހުއްޓެވެ.

ޖީއެމްއާރު އެގްރިމެންޓަކީ އުފެދުމުގައި ވެސް ބާތިލު އެއްޗެއް ކަމަށް ބުނެ ދައުލަތަށް 300 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ދިން އަންހެނާގެ ފުށުން ދައުލަތަށް މުޅިންވެސް ވެފައި އޮތީ ގެއްލުމެވެ. ރައީސް ޔާމީނަށް މަނީލޯންޑް ކުރެވޭ ގޮތަށް ގާނޫނީ ލަފާ ދީގެން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް އުފަން ކުރުވި ބޭކެންބަކީ ކާކުކަން އެނގެއެވެ.

ހާމުންޑިކަން ފޮރުވާ ބުރުގާ އަޅައިގެން މާސާފު މީހަކަށް ހެދިގެން ރައްޔިތުންގެ ކުރި މައްޗަށް ނިކުތަސް މާޒީއަކީ ހުތުރު މުޑުދާރު މާޒީއެކެވެ. އިޔާދަ ނުކުރެވޭ ވަރަށް ގައުމަށް ދިންހާ ގެއްލުން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އަންހެނުން ބާރުވެރި ކުރުން ކުރިއަށް ނެރެގެން އަންހެނުންގެ ތާއީދު ހޯދަން އާޒިމާ ޝުކޫރު ނިކުމެ އުޅޭތީ ގިނަ އަންހެނުން ވެސް ގަންނަނީ ލަދެވެ. ބާރުވެރި މަގާމު ތަކުގައި ފެށުނީއްސުރެ ހުރެގެން އަންހެނުންނަށް ލިބިދިން ބާރުވެރި ކަމެއް ނެތީމައެވެ. ޅަނބާޅަ ޅަދޮނޅު ކަމުގައި އަންހެނުންނަށް ހޯދާނުދެވުނު ބާރުވެރިކަމެއް ދެބައިން ބާވީމާ ހޯދާ ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެެވެ.    

]]>
Sun, 17 Dec 2023 15:34:58 +0500 ހީރަސްނިއުސް
މުއިއްޒު ވެރިކަމުން ބޭލުމަށްވުރެ މުހިންމު އެހެން ކަމެއްނެތް https://heerasnews.com/2107 https://heerasnews.com/2107 ދޮން ބަންޑާރައިންގެ ވާހަކަ ދައްކަނީ ހިތުން ދޮންބަންޑާރަ ހެދިގެންނެވެ. ހަސަން ތާޖުއްދީނުގެ ދެ ދަރިންނޭ ޣައްދާރުވުމޭ ޑރ. މުއިއްޒު ކީމާ ނިކަން ހުތުރެވެ. އާރާބާރު ހޯދަން ކޮންމެ ގޮތެއް ރައްޔިތުންނާއި ގައުމަށް ވިޔަސް ވަރިހަމައީ އެހެން ބަޔަކަށް ނޫނެވެ. ޑރ. މުއިއްޒަށެވެ. 

ކޮންމެ ފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލާ ކިތަންމެ ބޮޑު ދޮގުތަކެއް ހަދައިގެން ވެސް ވެރިކަން ހޯދެނިކޮށް ޑރ. މުއިއްޒަށް ވަރިހަމައެވެ. މުޅި ގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައިގެން ސަހުސު އޮޅުވާލައިގެން ވެރިކަން ހޯދެނިކޮށް ޑރ. މުއިއްޒަށް ވަރިހަމައެވެ. ހޯދުނު ގޮތަކުން ވެރިކަން ހޯދަން ވީމާ ރާއްޖެއާއި ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް ޑރ. މުއިއްޒަށް ވަރިހަމައެވެ. 

ޑރ. މުއިއްޒަށް ވުރެ ވަކީން ބޮޑު ޣައްދާރެއް ދިވެހި ތާރީހު ނުދެކެއެވެ. އުފެދުމުއްސުރެ ޑރ. މުއިއްޒާ ގުޅިފައިވަނީ މަކަރާއި ހީލަތާއި ދޮގެވެ. ހަސަބެއް ނަސަބެއް ކިޔާނެ ކަމެއްނެތެވެ. ތަރިކައެއް މުދަލެއް ކިޔާނެ ކަމެއް ނެތެވެ.

ޣައްދާރުވުމުގައި ޑރ. މުއިއްޒަކީ ދެވަނައެއް ނެތް މީހެކެވެ. އޮޅުވާނުލާ އޮޅުވާލުމެއް ނެތްކަމެއް ނެތެވެ. މުޅި ގައުމުގައި ބިރުވެރިކަން އުފައްދާ ހަނގުރާމައެއްގެ ނުރައްކަލަށް ގައުމު ވެއްޓޭ ހިސާބަށް ގައުމީ ސަލާމަތަށް ޑރ. މުއިއްޒު ނުރައްކާކޮށްފިއެވެ. 

އާރާ ބާރުގެ ގޮތުން ގަދަފަދަ އިންޑިއާއަށް ނިސްބަތްކޮށް ޑރ. މުއިއްޒު ނުހަދާ ދޮގެއް ނެތެވެ. އިންޑިއާގެ ދެހާސް ތިންހާސް ސިފައިން ރާއްޖޭގައި ހަތިޔާރާއެކު އަރާތިބެ ރާއްޖޭގެ މިނިވަންކަން ނަގާލާފައިވާ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލިއެވެ. ވެރިކަމަށް އަންނަނީ އިންޑިއާ ސިފައިން ބާލަން ކަމަށް ބުނެ ދޮގު ހެދިއެވެ. ވެރިކަމަށް އަރާ މަސް ދުވަސް ވީއިރު އެބުނި އިންޑިއާ ސިފައިން ތިބި ވަރެއް ތިބި ތަނެއް ބުނެއެއް ނުދެވުނެވެ. ނުވެސް ބޭލުނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތަށް ދުނިޔޭގެ ކަނޑުގެ އިމުގެ މައްސަލަ ފައިސަލާ ކުރާ ކޯޓުން ކުރި ހުކުން ގަބޫލުނުކޮށް ކަނޑުން ބައެއް ވިއްކާލުމުގެ ދޮގު ތުހުމަތު ދިވެހި ސަރުކާރަށްކޮށް ނަފްރަތު އުފައްދާ ފިތުނައިގެ ހުޅު މުޅި ގައުމުގައި ޑރ. މުއިއްޒު ރޯކުރިއެވެ.

ވެރިކަމުގެ ފުރަތަ ދުވަހު ރައީސް ޔާމީނު މިނިވަން ކުރަން ބުނެ ރައީސް ޔާމީނުގެ ފޮޓޯއާއި ހުސްގޮނޑިއެއް ދައްކައިގެން ރައްޔިތުންގެ ގިނަބައެއްގެ ބޮލަށް ޗިޕް ޖަހައިގެން ވޯޓު ހޯދިއެވެ. ވެރިކަމަށް މަހެއް ވީއިރުވެސް ރައީސް ޔާމީނު ހުންނެވީ ހުކުމް ތަންފީޒު ކުރެއްވުމުގައެވެ. ރައީސް ޔާމީނު މިނިވަން ނުކޮށް ވާން އޮތް ހުރިހާ ގޮތެއް ދަނީ ހަދަމުންނެވެ. ގާނޫނުތައް ހުރި ގޮތުން ރައީސް މުއިއްޒު ބޭނުން ވުމުން ރައީސް ޔާމީނު މިނިވަން ނުކުރެވޭނެކަން މުއިއްޒަށް އެނގުނީ ވެރިކަން ލިބުމުންނެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީނު މިނިވަން ކުރާނެ ކަމަށް ވެރިކަން ހޯދަން އުޅުނުއިރު މުއިއްޒު ބުނަމުން އައީ ގާނޫނުތައް އެހުރި ގޮތަށް ހުއްޓައެވެ. 

ވެރިކަމަށް އަންނަން ވެގެން ރާއްޖޭގެ ޖުޑިޝަރީއަކީ ރިޝްވަތާ ނުފޫޒުން ފޯވެފައިވާ ތަނެއް ކަމަށް ޑރ. މުއިއްޒު ތަކުރާރުކޮށް ބުނެ ކޯޓުތަކުގެ ހުރުމަތް ވަނީ ކަނޑާފައެވެ. ކޯޓުތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރުވަނީ ނަގާލާފައެވެ. ކޯޓުތަކުން ކުރަނީ ހަރާން ހުކުންކަމަށް ރައްޔިތުންނަށް ވަނީ ވިސްނާ ދީފައެވެ. ވެރިކަމަށްޓަކައި ދައުލަތުގެ އެއްބާރު ކަމުގައިވާ އަދުލު އިންސާފު ގާއިމުކުރާ ބާރުގެ ހުރުމަތް ޑރ. މުއިއްޒުވަނީ ކަނޑާލާފައެވެ. 

ކެންޕޭނުގައި ރަށްރަށަށް އެރުމުން ކަންފަތް ދޮށުގައި އެންމެ ގިނައިން މީހުން އެދުނީ ދީފައިވާ ވަޒީފާ ތަކުން މީހުން ކަނޑާނުލުމަށް ކަމަށް ޑރ. މުއިއްޒު ބުންޏެވެ. ރަށްރަށުގެ ރައްޔިތުން ކުރިމަތީ އަނގަފުރާ އެތައް ފަހަރަކު އެއްވެސް ރަށެއްގެ އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ބުންޏެވެ. އެހެން ނަމަވެސް ފުރަތަމަ ދެހަފްތާ ނުވަނީސް އެތައް ސަތޭކަ ބަޔަކު ނޯޓިސެއް ދިނުމެއް ނެތި ކަނޑާ އުކާލާ މަގުމަތި ކޮށްލައިފިއެވެ. 

މީހަކަށް ޣައްދާރުވެވޭނީ މިހާކަށް ވަރަށެވެ. ރައްޔިތުން އިންތިހާބު ކުރިޔަސް އަޒުލުކޮށް ވެރިކަމުން ބޭލުމަށް ގާނޫނު އަސާސީ ލާޒިމު ކުރަނީ މުއިއްޒު ކަހަލަ ޣައްދާރުންނެވެ. ޣައްދާރުވެގެން ވެރިކަމުން މީހަކު ބާލަންޏާ މުއިއްޒު ވެރިކަމުން ބޭލުމަށްވުރެ މުހިންމު އެހެން ކަމެއް ދިވެހީންނަކަށް ނެތެވެ.

]]>
Sun, 17 Dec 2023 11:57:00 +0500 ހީރަސްނިއުސް
ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި އިތުރު ރައީސެއް!! https://heerasnews.com/2100 https://heerasnews.com/2100 ވަޒީރުންގެ މައްޗަށާއި ތިރިއަށާއި އަރިއަރި މައްޗަށް ވަޒީރުން ލައިގެން އެތެރޭގައި އެއްޗެއްނެތް ހޮޅި ސަރުކާރެއް މުއިއްޒު އުފައްދައިފިއެވެ. މަތި ހޮޅީކަމެއް މަތި ބަރީކަމެއް މަތި ލުއީކަމެއް ނޭނގެއެވެ. ހޮޅި ސަރުކާރު ވެއްޓިދާނެތީ ވަށައިގެން މުޑި ވިއްދަނީ ތިޔަ ހެންނަކުން ނޫނެވެ.

މުއިއްޒު ސަރުކާރާ ގުޅުމެއް އޮތް ގެއެއްގެ ތެރެއަށް ވަދެލެވުނަސް ސަހަރޯ ހީވެއެވެ. އެކަކީ ވަޒީރެކެވެ. ވަޒީރުގެ ބައްޕައާއި ބޭބެއަކީ ވަޒީރުން ފެންވަރުގެ ބޭފުޅުންނެވެ. އަނބި މީހާއަކީ ސްޓޭޓް މިނިސްޓަރެކެވެ. މަންމައާއި ދައްތައަކީ ސްޓޭޓް މިނިސްޓަރ ފެންވަރުގެ ސެކެރެޓެރީންނެވެ. ކޮއްކޮއިންނަކީ ޑެޕިއުޓީ މިނިސްޓަރުންނެވެ. ޅިޔަން ފަހަރިންނަކީ ކުންފުނީތަކުގެ އެމްޑީން، ޑީ އެމްޑީންނެވެ. ދުރުތާ ތިމާގެ މީހުންނަކީ ބޯޑްތަކުގެ މެންބަރުންނެވެ. ބޭރުގައި ކިޔަވަން ތިބި ދަރިންނާއި އެދަރިންގެ ރައްޓެހިން ތިބީ އެންބަސީތަކުގެ އެކިވަރުގެ ވެރިންގެ ގޮތުގައެވެ.

ސަމާސާއެއް ގޮތުގައި މިގޮތަށް އެއް ގެއެއްގެ ތެރެ ސިފަކޮށްދިން ކަމަށް ވިޔަސް މިއްޔަކީ ސަމާސާ ވާހަކައެއް ނޫނެވެ. މިއަދު ގައުމުގެ ހާލަތަކީ އެއީނޫން ހެއްޔެވެ. ޑރ. މުއިއްޒު ސަރުކާރުގެ ހާލަތަކީ އެއީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ބަޔަކަށް ކުރިއެރުން ތަކެއް ލިބިގެނެއް ކަންބޮޑެއް ނުވެއެވެ. ކަންބޮޑުވުމަކީ ދިވެހި ދައުލަތަކީ ބަޔަކަށް ލިބުނު ގަނީމާ މުދާގަނޑެއް ކަމަށް ވެގެން އުޅޭތީއެވެ. އެޔެއް މިޔެއް ނުބަލާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުން ބާރު ލިބިގެން ދައުލަތް ރޭޕް ކޮށްލާތީއެވެ.

ސަރުކާރުގެ ވުޒާރާތަކާއި، އެތަންތާނގެ އޮނިގަނޑާއި، ލެވޭނެ ސިޔާސީ ވެރިންގެ އަދަދާއި، އެ މީހުންގެ ރޭންކް ގާނޫނަކުން ކަނޑައަލާފައި ބާއްވަން ޖެހޭ ހިސާބަށް ކަންކަން މިހާރު ހިނގައްޖެއެވެ. ގާނޫނު އަސާސީ އިސްލާހުކޮށްގެން ވެސް ސިޔާސީ މަގާމު ދީގެން ދައުލަތް ރޭޕްކުރުމުގެ މަގު އެބަ ބަންދު ކުރަން ޖެހެއެވެ. 

ރައީސުލް ޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލީހާ ދެމެދަށް ކެބިނެޓް މިނިސްޓަރުންނަށް ވުރެ ބާރުގަދަ ސީނިއަރ މިނިސްޓަރަކު ޑރ. މުއިއްޒު އެވަނީ އައްޔަނުކޮށްފައެވެ. ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފަށެވެ. މިހާ ވަރުން ދަންޏާ ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި އިތުރު ރައީސަކު މުއިއްޒު އައްޔަނު ނުކުރާނެ ކަމެއްވެސް ނޭނގެއެވެ.  

]]>
Wed, 13 Dec 2023 15:39:25 +0500 ހީރަސްނިއުސް
ފ. އަތޮޅު ހުސްކުރަން ޖަހާ ޗައްކަރު: ފުށިދިއްގަރުފަޅު https://heerasnews.com/2099 https://heerasnews.com/2099 ފ. އަތޮޅު ވިއްކާލުމުގެ ހީލަތްތެރި ވިސްނުން ޑރ. މުއިއްޒު ބޮލުތެރޭން ފިލާ ނުދެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ގެންގުޅުނު ފާފު އަތޮޅު ވިއްކާލުމުގެ ޑީލް އަދިވެސް އެގޮތުގައި އޮތް ކަމަށް މުއިއްޒަށް ހީވަނީތާއެވެ. ސުއޫދީ ޕްރިންސްގެ ޝައުގު ކުރިން އޮތް ވަރަށް އަދިވެސް ފ. އަތޮޅު ހޯދުމަށް އޮންނާނެ ކަމަށް ހަމަ ހީވަނީއެވެ. ފ. އަތޮޅުގެ ޑީލާގުޅިގެން ހިނގާދިޔަ ކަންކަމާ ގުޅިގެން ޕްރިންސްގެ ޝައުގު އެކަމަށް އެއްވެސް ވަރަކަށް ނެތްކަމެއް މުއިއްޒަކަށް ނޭނގެއެވެ. ޕްރިންސް ޝައުގުނެތަސް އަރަބި ޝޭހެއްގެ ފައިކޭޓަށް ވެއްޓިގެންވެސް ފ. އަތޮޅު ވިއްކާލުމަކީ މުއިއްޒުގެ އަމާޒެއް ކަމަށް ހެކި ލިބެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމީން ވެރިކަމުގައި އަދީބުމެން ފ. އަތޮޅު މީހުން ހިޖުރަ ކުރުވަން އާބާދު ކުރި ތަނެއްކަމަށް ބުނެވެއެވެ. ރާއްޖޭގެ ސިޔާސީ ކަންކަން ނިއުޅެމުން އައިގޮތުން ހުޅުމާލޭ 2ވަނަ ފޭހަކީ މިހާރަކު ފ. އަތޮޅަށް އޮތް އޮޕްޝަނެއް ނޫނެވެ. ހުޅުމާލެއާއި ގުޅިފަޅާއި އުތުރުތިލަފަޅާއި ގިރާވަޅުފަޅަކީ ވެސް ފ. އަތޮޅު މީހުން ބަދަލު ކުރެވެން އޮތް އޮޕްޝަނަކަށް މިހާރަކު ނުވެއެވެ. މާލެއާއި ގުޅާލެވޭ ގޮތަށް އޮތް އެހުރިހާ ތަނެއް މިހާރު އެވަނީ މާލެ މީހުންނަށާއި މާލޭގައި ދިރިއުޅެމުން އަންނަ މީހުންގެ ބޯހިޔާވަހި ކަމަށް ހާއްސަ ކުރެވިފައެވެ. އެ ތަންތަނަކީ ފ. އަތޮޅު މީހުން ބަދަލު ކުރުމަށް އޮތް ހައްލަކަށް މިހާރަކު ނުވެއެވެ. 

ވިއްކާލުމަށް ފ. އަތޮޅު ހުސްކޮށްލެވެން އޮތީ އެ މީހުނަށް އެހެންތަނެއް ދައްކައިގެނެވެ. ފުށިދިއްގަރުފަޅަކީ އެކަމަށް އޮތް ހަމައެކަނި ހައްލެވެ. މާލޭ މީހުނަށް ގޯތި ދިނުމުގެ ބަހަނާގައި ފުށި ދިއްގަރުފަޅު ހިއްކަން ބޭނުންވަނީ ފާފު އަތޮޅު ހުސް ކޮށްލާށެވެ. 

މާލެއާއި ބްރިޖަކުން ގުޅުވާނުލެވޭ ހިސާބުގައި ފުން ކަނޑެއް ހުރަސްކޮށް މާލޭގެ ދެކުނުން 16 ކިލޯމީޓަރު ދުރުގައި އޮތް ބިޔަ ފަޅު ހިއްކައިގެން ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބިން އިތުރު ކުރަން އުޅެނިއްޔަކީ މާލޭ މީހުނަށް ހިޔާވަހިކަން ހޯދާދޭކަށް ނޫނެވެ. މާލެއާއި ގުޅުވާލެވެން ނެތް ރަށެއް ހިއްކައިގެން އެތަނަށް މާލޭ މީހުން ބަދަލު ކުރަން އުޅެނިއްޔަކީ މާލޭ މީހުނަށް ގޮތް ހޯދަ ދޭކަށްވެސް ނޫނެވެ. މާލޭ މީހުނަށް ގޮތް ހޯދަދޭން އުޅޭނަމަ ތަރައްގީ ކުރަން މަސައްކަތް ކުރާނީ މާލެއާއި ގުޅާލެވެން އޮތް ތަންތަނެވެ.

މާލޭ މީހުންގެ ޝައުގެއް ފުށިދިއްގަރުފަޅަކަށް ނެތެވެ. މާލޭ ގިނަ މީހުން އެމީހުންގެ ބޯހިޔާވަހިކަމުގެ ހައްލަކީ ފުށިދިއްގަރުފަޅު ކަމަކަށް އެއްވެސް އިރަކު ނުބަލައެވެ. އެތަނަކަށް ދާން ޝައުގުވެރި ވެގެން އުޅޭ މާލޭ މީހަކުވެސް އަދި މާލޭގައި ދިރިއުޅޭ މީހަކުވެސް ވަރަށް މަދުން ނޫނީ ނުފެނެއެވެ. 

އަނެއްކޮޅުން ފުށިދިއްގަރުފަޅު ހިންކަން ބަޖެޓްގައި ފައިސާ ނެތެވެ. ގައުމު އޮތީ ދަރާ ވިކިފައެވެ. މާލޭ މީހުނަށް ހިޔާވަހިކަން ދޭން މާލެއާއި ގުޅުވާލެވެން އޮތް ތަންތަނުގައި މަސައްކަތް ފެށި ގޯތިތަކެއް ވަނީ ދޫކޮށްފައެވެ. އެ ގޯތިތައް މާލޭ މީހުން ނިކަން ބޭނުމެވެ. މިހެން މި ހުރިހާ ކަމެއް ހުއްޓާ ފުށިދިއްގަރުފަޅު ހިއްކުން ނޫން ގޮތެއް މުއިއްޒަށް އޮތްކަމަށް ނުވެގެން މިއުޅޭ އުޅުމަކީ ސަމާސާ ކަމެއްނޫނެވެ. ސީރިޔަސް ނުރައްކާތެރި ކަމެކެވެ. 

ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫއު ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާ ހަވާލު ކުރުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއް ހެއްޔެވެ. އާބަންކޯ އާއި ސީއެމްސީސީއާ ދެމެދު ސޮއިކުރި ފުށިދިއްގަރުފަޅު ހިއްކުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން ސަރުކާރާއި އާބަންކޯއިން ވެސް މައުލޫމާތެއް ނުދެއެވެ. ސީއެމްސީސީއާ މަޝްރޫއު ހަވާލު ކުރަނީ ކޮން ޝަރުތު ތަކަކަށް ކޮން އަގަކަށް ކަމެއް ނޭނގެއެވެ. ޕްރޮޖެކްޓަށް ފައިސާ ހޯދަނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ހަމަގައިމުވެސް އެކަމަށް މިއަހަރުގެ ބަޖެޓްގައި ފައިސާއެއް ނެތެވެ.

ފ. އަތޮޅަކީ އަރަބި ފައިސާވެރިންގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ތަނެކެވެ. ވަގުފު ބިނައިންނާއި ޒަކާތު ހައުސް ހަދައިގެންނާއި ހައްޖު ކޯޓާއިން ވިޔާފާރިކޮށްގެން ދީނުގެ ނަމުގައި ޑރ. ޝަހީމް މެނަށް ކައްވާލަން ލިބޭ ފައިސާކޮޅަކަށްވުރެ އަރަބި ޝޭޚެއްގެ ފައިކޭޓަށް ރާއްޖޭގެ އަތޮޅެއް ޖަހާލައިގެން ލިބެން އޮތް ފައިދާ ގަނޑު މާބޮޑަށްވެސް ބޮޑުވާނެ ތާއެވެ. ފ. އަތޮޅު ހުސްކުރާށޭ ނުބުނެ މާލޭ މީހުނަށް ބޯހިޔާވަހިކަން ހޯދާ ދިނުމުގެ ބަހާނާގައި ފ. އަތޮޅު ހުސްކުރަން ޖަހާ ޗައްކަރަކީ ފުށިދިއްގަރުފަޅެވެ. 

]]>
Wed, 13 Dec 2023 13:57:23 +0500 ހީރަސްނިއުސް
ދައުލަތް ބަހާލުމުގައި މުއިއްޒުވަނީ ހަޔާތްކެނޑިފަ! https://heerasnews.com/2098 https://heerasnews.com/2098 ރައީސް މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވައެވެ. މިހާ ބޮޑު ކެބިނެޓެއް އޮތް އިރު މިހާތަނަށް މިނިސްޓަރުންގެ ފެންވަރުގައި އިތުރު 21 ބޭފުޅުން ރައީސް މުއައްޒުގެ ސަރުކާރުގައި އެބަތިއް ބަވައެވެ. 

ކެބިނެޓް މިނިސްޓަރަކަށް ލިބިވަޑައި ގަންނަވާ މުސާރައާއި އިނާޔަތާއި އިމްތިޔާޒުތައް މިނިސްޓަރ ފެންވަރުގެ ބޭފުޅުންނަށް ވެސް ލިބި ވަޑައިގަންނަވާނެއެވެ. މީގައި އެންމެ މަޖާ ކަމަކީ ބައެއް މިނިސްޓްރީގައި އެއް މިނިސްޓަރަށް ވުރެ ގިނަ މިނިސްޓަރުން ތިއްބެވުމެވެ. 

ފޮރިން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީގައި ދެ މިނިސްޓަރުންނެވެ. ކެބިނެޓް ޕޯޓިފޯލިއޯ އޮންނަ މިނިސްޓަރަކާއި ކެބިނެޓް ޕޯޓިފޯލިއޯ ނުއޮންނަ މިނިސްޓަރެކެވެ. ފިނޭންސް މިނިސްޓްރީގައި ކެބިނެޓް މިނިސްޓަރަކާއި އިތުރު ދެ މިނިސްޓަރުން ތިއްބަވައެވެ.

މުސާރަ ނުނަންގަވާ ދެބޭފުޅަކު ވަޒީރު ފެންވަރުގައި ރައީސް އޮފީހުގައި ތިއްބެވިޔަސް ދެން ތިއްބެވި ހުރިހާ މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގެ ހުރިހާ ބޭފުޅުންވެސް މުސާރަ ނަންގަވާމެއެވެ. 

މިނިސްޓަރުން ފެންވަރުގެ ކޮންމެ ބޭފުޅަކަށް މުސާރަ އާއި އިނާޔަތް ތަކުގެ ގޮތުގައި 66,000ރ. ލިބިވަޑައިގަންނަވާނެއެވެ. އެހެން ކަމުން މި ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 1,254,000ރ. ދައުލަތުން ހޭދަވާނެއެވެ.

ކެބިނެޓު ވަޒީރުންނާއެކު 43 މިނިސްޓަރުން މި ވަގުތު ދިވެހި ސަރުކާރުގައި އެބަ ތިއްބެވިއެވެ. ވަޒީރުންނާއި ވަޒީރު ފެންވަރުގެ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 2,706,000ރ. ހޭދަވާނެއެވެ.

ސާޅީހަށްވުރެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި ހަތްދިހައެއްހާ ނައިބުންނާއި އެހެނިހެން ސިޔާސީ މަގާމު ތަކުގެ ވާހަކަ އެހަށް ނުދައްކަމާ ހެއްޔެވެ. މީހުނަށްޓަކާ ވަޒީފާ އުފެއްދުމުގައި މުއިއްޒު މިވަނީ ހަޔާތް ކެނޑިފައެވެ.

މުއިއްޒު ސަރުކާރަށް ބުރައަކަށް ވަނީ ކުޑަކުޑަ މުސާރައެއްގައި ރަށްރަށުގައި ވަޒީފާގައި ތިބި ދެރަވަރު ރައްޔިތުންނަށް މުސާރަ ދިނުމެވެ. ކޮންޓްރެކްޓް ހަމަވުމުގެ ބަހަނާގައި ވަޒީފައިން ވަކިކުރަނީ އަނގަޔާ އަތާ ދިމާނުވާ ނިކަމެތި ރައްޔިތުންންނެވެ. އެ މީހުންގެ އެގްރިމަންޓް އައުކޮށް ދިނުމަކީ ދައުލަތް ބަނގުރޫޓްވެ ހުއްޓޭވަރުގެ ކަމަކަށް ވަނީތާއެވެ. 

]]>
Tue, 12 Dec 2023 20:21:43 +0500 ހީރަސްނިއުސް
ކޮންމެ މުއައްސަސާއެއްގައި ކޮލެޖެއް https://heerasnews.com/2092 https://heerasnews.com/2092 ރާއްޖޭގެ ކޮންމެ މިނިސްޓްރީ އަކާއި ކޮންމެ މުއައްސަސާ އަކުން އެބައެއްގެ ދާއިރާއިން ކޮލެޖްތަކާ އެކަޑަމީތައް ހަދައިގެން ދައުލަތުގެ ހަރަދު މިއުޅެނީ ކިހާވަރެއް ކޮށްލާނަމޭ ހިތާހެއްޔެވެ.

ދިވެހި ދައުލަތުން ހިންގާ ގައުމީ ޔުނިވަރސިޓީ އަކާއި އިސްލާމިކް ޔުނިވަރސިޓީއެއް އެބަހުއްޓެވެ. އެ ތަންތާގެ މެންޑޭޓްގެ ތެރޭގައި ދައުލަތުގެ މުއައްސަސާ ތަކަށް ބޭނުންވާ މީހުން އުފެއްދުމުގެ މޮޑިއުލް ތަކެއް ހިމަނައިގެން މީހުން ބިނާ ކުރުމުގެ ވިސްނުން ނެތިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ. ކޮންމެ މިނިސްޓްރީ އަކާއި ކޮންމެ މުއައްސަސާ އަކުން މީހުން ބިނާކޮށް ނިމިގެން ރައްޔިތުންނަށް ހިދުމަތެއްދީ ގައުމު އާރާސްތު ކުރަން އުޅެވޭނީ ކޮން އިރަކުން ހެއްޔެވެ. 

ސިފައިންނާއި ފުލުހުންގެ ހިދުމަތަކީ އެހިދުމަތަށް ވަރަށް ހާއްސަ ތަމްރީނު ތަކެއް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ލިބިގެންނޫނީ ދެވޭ ހިދުމަތެއް ނޫނެވެ. އަމްދުން ހަތިޔާރުގެން ގުޅުމާއި ހަތިޔާރު ބޭނުންކުރުން ފަދަ ކަންކަމަކީ އާއްމު ކޮލެޖެއް ގެތެރެއިން ކުރެވޭ ޒާތުގެ ކަންކަމެއް ނޫނެވެ. އެކަމަށްޓަކާއި ސަލާމަތީ ހިދުމަތްދޭ ތަންތާ ހާއްސަ ތަމްރީނުދޭ މަރުކަޒުތައް ހުއްޓެއްކަމަކު ދައުލަތުގެ ކޮންމެ މުއައްސަސާއެއްގައި ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި އެކަޑަމީތައް ހުންނާކަށް ނުޖެހޭނެއެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ވަކި މެޑިކަލް ކޮލެޖެއް ހިންގޭވަރު އަދި ނުވާތީ ހެލްތު ސައިންސަސްގެ ދާއިރާއިން ކިޔަވާދެނީ ގައުމީ ޔުނިވަރސިޓީގައެވެ. ޔުނިވަރސިޓީގެ ފެކަލްޓީއަކުން ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރެވެއެވެ. ކިތަންމެ ބޮޑު ގައުމީ ޔުނިވަރސިޓީއެއް ހުއްޓަސް ސިވިލް ސާރވިސް އެކަޑަމީއެއް ހުންނަން ޖެހެއެވެ އެންޓިކޮރަޕްޝަންގެ ދާއިރާއިން މީހުން ބިނާކުރުމަށް އެންޓި ކޮޕަޕްޝަން ކަމިޝަނުން ހިންގާ އެންޓިކޮރަޕްޝަން އެކަޑަމީއެއް ނެތިއެއް ކަމަކު ނުދިޔައެވެ. ބަހާބެހޭ ކަންކަން ކުރުމަށް ބަހުގެ އެކަޑަމީއެއް ނެތިއެއް ކަމަކު ނުދެއެވެ. އަނެއްކާ އުފެދެން އެއުޅެނީ ސަގާފަތު އެކަޑަމީއެވެ.

ބޭނުމަކީ ބަޖެޓުންނާއި ބަޖެޓްގެ ބޭރުން އެކި ނަންނަމުގައި ފައިސާ އެނބުރުމެވެ. ރަނގަޅު ނިޔަތެއް ދައުލަތުގެ ހަރަދު ކުޑަކޮށް އުފެއްދުން ތެރި މުޖުތަމައެއް ބިނާކުރަން އުޅޭނަމަ ކޮންމެ ބަޔަކު ވަކިވަކި ކޮލެޖުތަކާ އެކަޑަމީ ތަކާ އުފައްދައިގެން ރަނބަ ގިރުވާކަށް ނޫޅޭނެއެވެ. 

]]>
Sun, 10 Dec 2023 19:05:27 +0500 ހީރަސްނިއުސް
މުއިއްޒަކީ ހުރިބޮލެއް & ވެރިޔަކީ ޔާމީނެއް އަދުރޭއެއްނޫން https://heerasnews.com/2088 https://heerasnews.com/2088 މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮމްރިޝްޕޫރީއަކީ ކާކުތޯ އަހައިފިއްޔާ މީހުންގެ ދޫމައްޗަށް އަންނަ ވަކި ނަމެއް އޮވެއެވެ. ރައީސް މައުމޫނުގެ ވެރިކަމުއްސުރެ އެމީހެއްގެ ރުހުން ނެތި އޮންނަ ސަރުކާރަކަށް ދެމިއޮތުން އުދަގޫ އެކަކު ހުންނަ ކަމަށްވެއެވެ. ސިޔާސީ ގޮތުން ވަކީން ދުރުވިސްނޭ ސިޔާސީ މުހައްނިކަކު މަދުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މީހަކު ހުންނަ ކަމަށްވެއެވެ.

އަމްދުން ދައުލަތުގެ ވެރިއަކަށް ހުންނަ މީހަކަށް އޭނާގެ ކިބައިން ސަލާމަތް ވެވޭ ކަމަކަށް ނުވެއެވެ. ވެރިކަމެއް ދެމިއޮންނަނީ އޭނާގެ ރުހުން އޮވެގެންނެވެ. ވެރިކަމެއް ވެއްޓެނީ އޭނާގެ ރުހުން ނެތުމުންނެވެ.

ރައީސް މައުމޫނުގެ ވެރިކަން ނިމުނީ އޭނާއެކަން ނިންމީމައެވެ. ރައީސް ނަޝީދުގެ ވެރިކަން ނިންމުމުގެ ފަހަތުގައި ގޭމް ޕްލޭން ރާވާ ހިންގީ އޭނާކަމަށް ދުރު ވިސްނާ މީހުން ގަބޫލުކުރެއެވެ. ރައީސް ޔާމީނު ވެރިކަމަށް ގެނައުމުގެ އާރުކާޓީއަކީވެސް އޭނާއެވެ. ރައީސް ޔާމީނުގެ ވެރިކަން ނިންމާ ރައީސް ސޯލިހު ވެރިކަމަށް ގެނައުމުގެ އެންމެ މުގުލުގައި ހުރީވެސް އޭނާއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމާ ޑރ. މުއިއްޒު ވެރިކަމަށް ގެނައުމުގެ ކުރިއާއި ފަހަތުގައި ހުރީވެސް އޭނާކަން ކަށަވަރެވެ. 

ފަނޑިޔާރުގެއަށް ކުރެވުނު އިތުބާރެއްގެ ތެރެއިން ލިބުނު އަނިޔާއަށް ރައީސް ޔާމީނުގެ ކިބައިން ބަދަލު ހިފުމަށް ކުރިމައްޗަށް ނެރުނު މީހަކީ މުއިއްޒެވެ. އެމްޑީއޭގައި މުއިއްޒު ހުއްޓާ ޕީޕީއެމަށް މުއިއްޒު ބަދަލުވެ ސިޓީކައުންސިލްގެ މޭޔަރުކަމަށް މުއިއްޒު އައީ މުއިއްޒުގެ ސްމާޓް ކަމަކުން ނޫނެވެ. ޕީޕީއެމްގެ ކޮންޓްރޯލު މުއިއްޒު ނެގުމުގެ ހިޔަޅު ބުއްދިލައިދީ ސިޓީ ކައުންސިލްތެރޭގައި މުއިއްޒު ލައްވާ ހިންގުވި ހުރިހާ ކަންކަމުގެ ހަގީގީ މީހަކީ އޭނާއެވެ. ރައީސް ޔާމީނުގެ ކިބައިން ބަދަލު ހިފާ ރައީސް ޔާމީނު އެއްފަރާތް ކުރުމުގެ މުޅި ރޭވުން ރާވާ ހިންގީ އެންމެ ސިނކުޑިއަކުންނެވެ. 

ފަނޑިޔާރުގޭ ތެރެއިން ރައީސް ޔާމީނު ރަނގަޅަށް ތާށިކޮށް ވެރިކަމަށް ނިކުމެވޭނެ ހުރިހާ ދޮރެއް ބަންދުކުރީ އެންމެ ތަޅުދަނޑިއަކުންނެވެ. ފަހު ވަގުތު ޕީއެންސީއަށް މުއިއްޒި ބަދަލުކޮށް ކޯލިޝަން ޓިކެޓް ޔަގީން ކުރުމުގެ ހުރިހާ ކަމެއް ރާވާ ހިންގީވެސް ހަމަ އެމީހެކެވެ. ޔާމީނު އަތުގައި އޮތް ރިޔާސީ ޓިކެޓް މުއިއްޒަށް ފޮރޮޅާލާ މާކެޓިން ޓޫލަކަށް ރައީސް ޔާމީނު ބޭނުންކޮށްގެން މުޅި އިންތިހާބު މުއިއްޒުގެ މައްޗަށް އަނބުރާލީ އޭނާއެވެ. 

މުޅި ގޭމްގެ ހުރިހާ ކަމެއް ހިނގަމުން ދިޔައިރު އޭނާ ހުރީ އެހެން ޕްލެޓްފޯމެއްގައި މާގަދަކޮށް ހުރިކަމަށް ދައްކައިގެންނެވެ. ބޭނުމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއެކު ކިންގްމޭކަރ ބައިއަތު ހިފިޔަ ނުދިނުމެވެ. އެކަންވެސް ކާމިޔާބުކޮށް މުއިއްޒަށް ވެރިކަން ފޮރޮޅާލަދިނެވެ. އެހިސާބުން ނިމުނީއެއް ނޫނެވެ. ވެރިކަމުގެ މޭގަ ފެންނަ ހިސާބަށްވެސް ރައީސް ޔާމީނަށް ނާދެވޭ ވަރަށް ރައީސް ޔާމީނާ ވެރިކަމާ ދުރުކޮށްލީއެވެ. 

ރައީސް ޔާމީނުގެ ޝަރީއަތްތައް ލަސްވެ ބުރަކިޖެހި އެގޮތް މިގޮތް ވަމުން ދަނީކީ ރައީސް ސޯލިހާއި އެމްޑީޕީން ކުރާކަމަކުން ނޫނެވެ. ރައީސް ޔާމީނުގެ ޝަރީއަތަށް ދަނޑި ދިގު އުނދުޅި ބާނައިގެން ހަލުވަނީވެސް ހަމަ އެންމެ މީހެކެވެ. އިހުލާސްތެރިކަމާ ރައްޓެހި ރަހުމަތްތެރި ކަމުގެ އަގު 25 އަހަރުގެ ޖަލުހުކުމަކުން ދެއްކީމާ ރައީސް ޔާމީނެއް ކަމަކު ރީތިޅެމެއް ފޮނުވާލައިގެން ހިތުން ފުހެލެވޭކަށް ނުއޮންނާނެތާއެވެ. 

ދަނޑިމަތި ރަނގަޅަށް އަނބުރާލެވޭ ގޮތަށް އެއް ލޭ ހިނގާ ކޮއްކޮއަށް ވެރިކަން ހޯދާދިގެން ދޮށީއަތްބަށް ވަޒީރުކަމެއް ދީގެން ފުއްދައެއް ނުލެވޭނެތާއެވެ. ދޭ މަގާމު ކޮޅަކުން އަދުރޭމެނަށް ކުރި މަސައްކަތުގެ އަގު ދިނެއްކަމަކު މުޅި ދައުލަތް މުށުތެރެއަށް ލައިގެން އަނބުރާލަން ލިބުނީމާ ހަތަރެއްޗަކަށް ބަލާނެކަމެއް ނެތްތާއެވެ. ރައީސް ޔާމީނަށް ވެރިކަމާ ކުޑަ ބޭރުވެސް އަރާނުލެވޭނެއެވެ.

ސަރުކާރު ކިތަންމެ ދޯހަޅިކޮށް ފެނުނަސް ވަރިހަމަތާއެވެ. ކަމަކީ ސަމާސާ ކަމެއް ކަމެއް ނޫނެވެ. މަޖިލީހުގެ އިންތިހާބަށް ފަހު ސަރުކާރުގެ ރޫފަޖެހިލާ ހަމަ އިސްކޮޅަށް ދެމިލާއިރު އޮއިކުނިތައް ބުރަބުރައިގެން ގޮސް ހަމަޔަކަށް އެޅި ސަރުކާރު އޮންނާނީ ވަކިމީހެއްގެ މުށުތެރޭގައެވެ. ރައީސް މުއިއްޒަކީ ހަމަ ކުރިމައްޗަށް ދައްކަން ނެރެފައި ހުރި ބޮލެކެވެ. މުއިއްޒުގެ ރިމޯޓް އޮތީ ނަމިރާ ނާޒިމް އަތުގައެވެ. 

]]>
Sat, 09 Dec 2023 20:23:33 +0500 ހީރަސްނިއުސް
މުއިއްޒަށް އިންޑިއާ ސިފައިން ބޭލޭކަށްނެތް https://heerasnews.com/2079 https://heerasnews.com/2079 ކުރިން އޮތް ސަރުކާރުން ދެއްކި އެއްވެސް ވާހަކައެއް ގަބޫލުނުކޮށް ގައުމީ ސަލާމަތަށް ނުރައްކާ އޮތްކަމުގެ ބިރު ޕީޕީއެމް-ޕީއެންސީން މުޅި ރާއްޖޭގައި ފެތުރިއެވެ. އިންޑިއާ އައުޓް ގޮވަމުން ސިކުނޑިތައް ދޮންނަމުން ދިޔައިރު ވެރިކަމަށް އާދެވިއްޖެ ނަމަ އަވައްޓެރި އިންޑިއާ އާއި އެކު ގާތްގުޅުމެއް ނުބާއްވާ އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމެއް އޭރަކު ވިސްނާ ނުލައެވެ. އޭރު ބޭނުންވީ ހެދުނު އެއްޗެއް ހަދައިގެން ވެރިކަން ހޯދުމަށެވެ. 

ހެއްދެވިހާ ދޮގެއް ހަދައިގެން ހީވާހާ ގޮތަކަށް ވާހަކަ ދައްކައިގެން ޑރ. މުއިއްޒަށް ވެރިކަމަށް އާދެވިއްޖެއެވެ. ވެރިކަން ލިބި ހަމަޔަށް ދެލޯ ހުޅުވާ ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ކުރީ ސަރުކާރުން އެބުނީ ތެދެކެވެ. ރާއްޖޭގައި ތިބީ އެންމެ 77 އިންޑިއާ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެގެން ކުރާހާވެސް ކަމަކީ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންނަށް އެހީތެރިވުމެވެ. ވެރިކަމަށް އަރާ ބާލާނެ ކަމަށް ވައުދު ވެވުނީ ދިވެހި އަޝްކަރިއްޔާއަށް އެބައެއްގެ އެހީތެރިކަން ކޮންމެ ދުވަހަކުހެން ބޭނުންވާ ބައެކެވެ. 

ވެރިކަމުގެ ދަހިވެތި ކަމުގައި ހޭވުނު ހަޑިން އިންޑިއާ އާއި ދިމާލަށް ބަލައިލާ އިސް އުފުލާލަން މުއިއްޒު ބިރުގެންފިއެވެ. ދަރަނި މެނޭޖުކުރަން އިންޑިއާ ފައިބުޑަށް ނުގޮހެއްވެސް ވާކަށްނެތެވެ. ސިޔާދަތުގެ ރަތް ރޮނގޭ ކިޔައިގެން ފުއްޕާފައި ނިކުމެ،  ރާއްޖޭގައި ތިބި މަދު އިންޑިއާ ސިފައިންކޮޅު ނެރެ ހޫރާ ލެވޭކަށް ނެތެވެ. ރައްޔިތުންގެ ކުރިމަތީގައި ފޮނި ކެނޑުނު ވަރުން އެމީހުން ބޭރުނުކޮށް ވާކަށްވެސް މުއިއްޒަކަށް ނެތެވެ. 

ކޮޕް28ގެ ހަވާސާއިން ބައްދަލުކޮށް އިންޑިއާ ބޮޑުވަޒީރު އަރިހުގައި ސިފައިން ބޭލުމާބެހޭ ގޮތުން ޗުއްޕުވެސް ބުނާކަށް މުއިއްޒަކަށް ނުކެރުނެވެ. ވާހަކަ ދެކެވުނީ ހަމަޖައްސަންޖެހޭ ދަރަނީގެ ކަންތައްތަކެއް ހުރުމުން ދެސަރުކާރުގެ މަތީފެންވަރުގެ މަޝްވަރާ ތަކެއް ފަށާށެވެ. އެވަހަކަ ދައްކަކަށް މުއިއްޒަކަށް ނުކެރޭނެ ތާއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ކޮޅަކީ ރާއްޖެއިން ބޭނުންވެގެން ފޮނުވާފައި ތިބި ބައެކެވެ. އިންޑިއާއިން ގެނެސްފައި ތިބި ސިފައިން ކޮޅަކީ ސަރޗް އެންޑް ރެސްކިއު ވައިގެމަގުން ހިންގޭވަރުގެ އަޝްކަރީ ގާބިލުކަމާއި އެކަމަށް ހިނގާ ހަރަދު ކުރެވޭ ވަރުގެ މާލީ ތަނަވަސް ކަން ރާއްޖޭގައި ނެތުމުން ގެނެސްފައި ތިބި ބައެކެވެ. ސަރޗް އެންޑް ރެސްކިއު ވައިގެމަގުން ހިންގުމަށް ރާއްޖޭން އިންޑިއާގެ އެހީތެރިކަން ހޯދަން ފެށީ 2010 ވަނަ އަހަރުއްސުރެއެވެ. 

މުޅި މަންޒަރު މުއިއްޒަށް ސާފުވީއިރު މުއިއްޒުމެންގެ އަމަލުތައް ބެހެއްޓިގޮތުން ރާއްޖެއާއި އިންޑިއާގެ ގުޅުން އޮތީ މުއިއްޒުގެ ވެރިކަމުގައި އަނބުރާ އިޔާދަ ނުކުރެވޭ ވަރަށް ގޯސްވެފައެވެ. އިންޑިއާ އާއި ގުޅުން ރަނގަޅުކޮށް ދަރަނިތައް ރިސްޓްރަކްޗަރ ކުރުމަށްޓަކައި ވެސް ތިބި ސިފައިންކޮޅު ވައުދުވީ ގޮތަށް ބޭރުކުރެވޭކަށް ނެތެވެ. އަނެއްކޮޅުން އެމީހުން ދޭ އެހީތެރިކަމުގެ ބާވަތުން ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓުގެ އޮޕަރޭޝަންތައް ހިންގުން ދިވެހި އަޝްކަރިއްޔާއަށް އެހާ މުހިންމެވެ. ކަން ކޮންމެހެނެއް އޮތަސް ބޭރު ސިފައިންގެ މީހެއްގެ ބޫޓް ޖޯޑެއްވެސް ރާއްޖޭގައި ބެހެއްޓުމަކަށް ރައްޔިތުން މިހާރަކު ބޭނުމެއް ނޫނެވެ. 

އިންޑިއާ ސިފައިންގެ މައްސަލައިގައި ރައީސް މުއިއްޒު އެހުރީ ރަނގަޅަށް ދެހަރާ ސައިވެފައެވެ. އިންޑިއާ ސިފައިން ބޭލޭކަށް ނެތެވެ. ނުބާލާ ވާކަށް ވެސް ނެތެވެ. އެކިތަނުން ލިބޭ މައުލޫމާތު ދިމައެއް ނުވެއޭ ތިބި އިންޑިއާ ސިފައިންގެ އަދަދު ކަށަވަރެއް ނުވެއޭ ކިޔައިގެން ދިގު ދަންމަނީ ތިބި އިންޑިއާ ސިފައިން ނުބާލާ ވާން އޮތްގޮތެއް ފެނޭތޯއެވެ.  

]]>
Wed, 06 Dec 2023 17:25:32 +0500 ހީރަސްނިއުސް
އިންތިއަށް: ބޮޑު މުސާރަކަމުން ރަށްފުށުމީހާގެ ވަޒީފާގެ ވާހަކަނުދައްކާ https://heerasnews.com/2074 https://heerasnews.com/2074 އިމްތިޔާޒް ފަހުމީމެން މީގެ ފަސް އަހަރު ކުރިން ހޭނުބަހައްޓާ ދެއްކި އެއްވާހަކައެއް އޮވެއެވެ. ޕޯޑިއަމެއް ކައިރިއަށް ހުއްޓެވުނަސް އެވާހަކަ ދައްކައެވެ. މަޖިލީހުގެ ކޮމެޓީއެއް ޓިވީއަކުން ލައިވް ކުރަންޏާ މައުލޫއާ ނުގުޅުނަސް އެވާހަކަ ދައްކައެވެ. މަޖިލީހުގެ ތެޅުމުގައި އިންދާ ފޫކޮޅު ހިރުވައިގަނެގެން ތެދުވެވުނަސް ދައްކާނީ އެވާހަކައެވެ. ޓީވީ ޝޯއަކުން ހަނި ފުރުސަތެއް ލިބުނަސް އެވާހަކަ ދައްކައެވެ.

ރަށްރަށުގައި ދިރިއުޅޭ މީހުނަށް ރަށްރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތް ސަރުކާރުތަކުން ހަދާދީފައި ނެތް ވާހަކައަކީ އިންތިމެންގެ އެ ދުވަހުގެ ތަސްބީހައެވެ. ރައީސް ސޯލިހަށް ވެރިކަން ލިބި ވަޑައިގަތުމުން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ ރަށްރަށުގައި ދިރިއުޅޭ މީހުނަށް ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތް ހޯއްދަވާ ދެއްވުމެވެ. ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދީގެން އާމްދަނީ ހޯދޭނެ ފުރުސަތު ފަހިކޮށް ދެއްވުމަކީ ދުރުރާސްތާ އަމާޒެވެ. ރަށްރަށުން ސާފު ބޯފެންލިބި ފެންވަރުހުރި ކަރަންޓްގެ ހިދުމަތް ލިބި ލަފާފުރުން ފަސޭހަވެގެން ދިއުމުން ކޮންމެ ރަށަކީ އިގްތިސާދީ މަސައްކަތްތައް ކުރުމަށް ފަހި މާހައުލަކަށް ހެއްދެވުމުގެ މަސައްކަތް ފައްޓަވާ ބޮޑު ކާމިޔާބީއެއް ކުރުމުއްދަތެއްގައި ވަނީ ހާސިލުކުރެވިފައެވެ. 

އަސާސީ ހިދުމަތްތައް ފުރިހަމަ ކުރެވިގެން ފުޅާ ދާއިރާއެއްގައި އިގްތިސާދީ މަސައްކަތްފެށި ރައްޔިތުންނަށް އަމްދަނީ ލިބެން ފެށެންދެން ވެސް ރަށުމީހާއަށް ރަށުގައި ހަމަޖެހިގެން އުޅެލެވޭވަރު ކޮށްދިނުމަކީ ދައުލަތެއް އޮތުމުގެ ބޭނުމެވެ. އެހެންކަމުން އުފެއްދެން އޮތް އެންމެ ގިނަ އަދަދަކަށް ރަށްރަށުގައި ވަޒީފާ އުފައްދާދީ މަހު މުސާރަ ގިނަބަޔަކަށް ލިބޭނެ ގޮތް ހަދާދިނުމަކީ ގޯހަކަށް ހަދައިގެން ވާހަކަ ދައްކަން އިންތިމެން ލަދު ނުގަންނަ ކަމެވެ. 

ޒަމާނީ ފެންވަރަށް ރަށްރަށުގެ އިންޖީނުގެތައް ބިނާކޮށް އެތަންތަނަށް ބޭނުންވާ ފަންނީ މީހުންނާއި އެހެނިހެން މުއައްޒަފުން ހޯދާ ހިދުމަތް ދޭން ފެށުމަކީ ކުރިން ދެމީހަކު ލައިގެން ނަމަކަށް ކުރިކަމެއްހެން ކުރެވޭނެ ކަމެއް ނޫނެވެ. އަމްދު ފެނަކައާއި ސްޓެލްކޯއަކީ ހަމައެކަނި ކަރަންޓްގެ ހިދުމަތްދޭ ތަންތަނެއް ނޫނެވެ. ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަކީވެސް އެކުންފުނިތަކުގެ މަސްއޫލިއްޔަތެވެ. ފެނާ ކަރަންޓާ ނަރުދަމާ ހިދުމަތް ހިންގާ ބެލެހެއްޓުމަކީ ދެތިން ހަތަރު މީހަކަށް ކުރެވޭވަރަށް ވުރެ ބުރަ އުނދަގޫ ކަމެކެވެ. އެއިން ކޮންމެ ހިދުމަތެއް ދިނުމަށް ކޮންމެ ރަށެއްގައިވެސް އެތައް ބަޔަކު 24 ގަޑިއިރު މަސައްކަތުގައި ދެމިތިބެންޖެހެއެވެ. އެހެން ކަމުން ގިނަ އަދަދަކަށް ކޮންމެ ރަށަކަށްވެސް މުއައްޒަފުން ބޭނުންވެއެވެ. 

އަމްދުން ބައެއް ރަށްރަށުގައި ހިދުމަތް ގާއިމު ކުރުމަށް ހިނގާ ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންޓްރެކްޓަށް ދީގެން ކުރުވުމުގެ ބަދަލުގައި ކޮންޓްރެކްޓަށް މުއައްޒަފުން ނަގައިގެން އެމީހުން ލައްވާ އެމަސައްކަތް ކުރުވުމަކީ ބޮޑުތަނުން ހަރަދު ކުޑަވެ އެރަށެއްގެ ގިނަ ބަޔަކަށް ރަށުގައި ތިބެގެން އާމްދަނީ ލިބުމަށް ފަހިވި ފަހި ފުރުސަތެކެވެ. 

އެއްފަހަރާ މުޅި ރާއްޖޭގައި ކަރަންޓް އަޕްގްރޭޑްކޮށް ފެނާ ނަރުދަމާ އަޅާ ހެދުމަކީ ހަރަދުބޮޑު ކަމެކެވެ. ދަރަނިވެރި ވެގެންވެސް އެހުރިހާ ހިދުމަތެއް ހުރިހާ ރަށެއްގައި ގާއިމު ކުރެވުމަކީ ކުރިމަގުގެ ހަރަދުތައް ކުޑަވެ ފައިދާ ގުނަވެ ދަރަނި އަދާކުރުމަށް އެޅުނު އިގްތިސާދީ ބިންގަލެވެ. ރަށްރަށުގެ ގިނަ ބަޔަކަށް ރަށުގައި ތިބެ ވަޒީފާއަދާކޮށްގެން އުފާވެރި ދިރިއުޅުމެއް އައިލާތަކަށް ލިބި އިޖުތިމާއީ އެތައް މައްސަލައަކުން ރައްޔިތުން އަރައިގަންނާނެ ކަމެކެވެ. ރަށުގައި ތިބެގެން އަދާކުރާނެ ވަޒީފާއެއް ނެތޭ ގޮވިމީހުންގެ އަނގަ ބަންދު ވެގެން ދިޔަކަމެކެވެ.

ރަށްރަށުގައި ތިބެ ޢާމްދަނީ ލިބޭގޮތް ގިނަ ބަޔަކަށް ވުމުން މަސްދޯނި ފަހަރު ހުއްޓެނީއޭ ހަރަދު ބޮޑުވަނިއްޔޭ ދަރަނިއްޔޭ ކިޔާ އަނގަ ދިޔާކުރަނީ ދައުލަތުން ބޮޑުމުސާރަ ނަގައިގެން ތިބެ ގަނޫނީ ޒިންމާ އަދާނުކޮށް ސިޔާސީ ހަސަދަވެރި ކަމުގައެވެ. ރަށްރަށުގެ ރައްޔިތުންނަށް ހެވެއް އެދޭ އެކަކުވެސް ރަށްރަށުގައި ތިބި މުއައްޒަފުން ވަކިކޮށް މަދުކޮށް ހަދާކަށް ވާހަކައެއް ނުދައްކާނެއެވެ. ރައްޔިތުންނަށް ހެވެއް އެދޭ ސަރުކާރަކުން ވެސް ރަށްފުށު މީހާ ވަޒީފާއިން ވަކިކޮށް ބިކަކުރާކަށް ނޫޅޭނެއެވެ. ބޮޑު މުސާރަކަމުން ރަށްފުށުމީހާގެ ވަޒީފާގެ ވާހަކަ އިންތިމެން ނުދައްކާށެވެ.

]]>
Tue, 05 Dec 2023 14:51:15 +0500 ހީރަސްނިއުސް
މަންޑޭއަށްވުރެ ޔާމީނާ މޯދީ ދެއްކި މުއިއްޒު މާނުބައި https://heerasnews.com/2067 https://heerasnews.com/2067
  • މަކަރާ ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައިގެން މަންޑޭ ހޯދީ އަގުބޮޑު ދިރިއުޅުމެއް
  • ޔާމީނާއި މޯދީ ދައްކައިގެން މަކަރާ ހީލަތުން މުއިއްޒު ހޯދީ މުޅި ދައުލަތް
  • ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު މަންޑޭ ވަރުގެ މީހަކު ނެތިގެން މީހުންގަނޑު އުޅުނީ މިދާކަށް ދުވަހުއެވެ. ކާމިޔާބު ޒުވާން ވިޔަފާރިވެރިޔާގެ ގޮތުގައި މަންޑޭއަށް މީހުން އިތުބާރު ކުރީ އިންތިހާއަށެވެ. ހެޔޮކަމުންނެވެ. ކުޅަދާނަ ކަމުންނެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކުން އޭރު މަންޑޭއަށް ޖާގަދިނީ އެވަރެއް ނެތިގެންނެވެ.

    ގިނަ ބަޔަކު އުމުރު ދުވަހު ދާ އޮހޮރުވައިގެން ބުރަ މަސައްކަތުން އެއްކުރި ފައިސާކޮޅު މަންޑޭއަށް ދިނީ ފިކުރެއް ހިޔާލެއް ނެތިއެވެ. ނެތް ފައިސާ ބެންކު ތަކުން ލޯނުގެ ގޮތުގައި ހޯދާފައިވެސް މަންޑޭއަށް ދިނީއެވެ. ލަގްޒަރީ އެޕަޓްމަންޓެއްގައި ދިރިއުޅުމުގެ ފޮނި އުންމީދުގައެވެ. 

    ވާނީވެސް އެހެންތާއެވެ. ރީތި ގޮތް ގޮތަށް ޑިޒައިންކޮށް ކުރަހާފައިވާ ލަގްޒަރީ އެޕާޓްމެންޓްތައް ހިމެނޭ ކޭ-ޕާރކް ޓަވަރަކީ ފޭކެއް ނޫންވިއްޔާއެވެ. ހުޅުމާލޭން އެކަމަށް ދޫކޮށްފައިވާ ބިމާއި ސަރުކާރާއެކު ކުންފުނިން ވެފައިވާ އެއްބަސްވުމަކީ ވެސް ފޭކެއް ނޫވިއްޔާއެވެ. ކޮންމެ މީހަކާއެކު ވެވުނު އެއްބަސްވުމަކީ، އޭގެ ފަހަތުގައި ކުޑަވެސް ހީލަތްތެރި ކަމެއް މަކަރުވެރި ކަމެއް އޮވެދާނެކަމަށް ހީވެސް ނުވާހާ މޮޅަށް ވެވުނު އެއްބަސްވުމެކެވެ. ކަންކަން ތަރުތީބުވެފާ އެހާމެ ފުރިހަމައެވެ. ވާހަކަ ރީތިވެފާ ކޫރުމެއް ނުހުރެއެވެ. 

    އާހިރުގައި ކޭޕާރކް ފްލެޓް ތަކުގެ މުއާމަލާތް ވެގެން ދިޔައީ އަލިފުން ޔާއަށް ވެސް މަކަރާ ހީލަތަށެވެ. އެތައް ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ފޫބެދުމެއް ނެތް ވޭންދެނިވި އަނިޔާ އަކަށެވެ. މަންޑޭގެ ފުށުން ފެނުނު ހެޔޮކަމާއި އުފެއްދި އިތުބާރަކީ އެތައް ބައެއްގެ ދިރިއުޅުން ފޭރިގަތުމަށް ދެއްކި ދަޅައެއް ކަމެއް އޭރަކު އެކަކަށް ވެސް ނޭގުނެވެ. މަންޑޭގެ ޖާދޫގައި ޖެހުނު އެންމެން ހަފުސްވީއެވެ. 

    ޑރ. މުއިއްޒާ މަންޑޭ އާއި އޮތީ ވަކީން ކޮން ތަފާތެއް ހެއްޔެވެ. ތަފާތެއް އޮތިއްޔާ އޮތް ތަފާތަކީ މަންޑޭއަށް ވުރެވެސް މަކަރާ ހީލަތުގައި މުއިއްޒު އަރާ ހުރުމެވެ. މަންޑޭގެ އަވާގައި ޖެހުނީ ދުއިސައްތަ ފަންސާހެއްހާ އާއިލާއެވެ. މުއިއްޒުގެ ހީލަތުގައި އެއްލައްކަ ތިރީހަކަށް ހާސް މީހުން ޖެހުމުގެ ނަތީޖާއަކީ މުޅި ދިވެހި ދައުލަތް މުއިއްޒުގެ އަންބޮނޑިއަށް ޖަހާލުމެވެ. 

    މަންޑޭ މުއްސަދިކަމާ ފައިސާ ހޯދަން ދެއްކީ ކޭ-ޕާކް ފްލެޓްތަކެވެ. މުއިއްޒު ދައުލަތް ދަވާލަން ދެއްކީ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ފިކުރާއި ނަމާއި ފޮޓޯއާއި ރައީއީސް ޔާމީނަށް ހިތްތަކުގައި އޮތް ލޯތްބައި ހަމްދަރުދީއެވެ. މުއިއްޒު އަމިއްލަ ސަހުސު އޮޅުވާލާ ރައީސް ޔާމީނަށް ވެގެންނެވެ.

    މަންޑޭ ފައިސާ ހޯދީ ނެތް ފްލެޓް ގުނަގުނައަށް ހުރިކަމަށް ހަދާ އޮޅުވާލައިގެންނެވެ. މުއިއްޒު ވެރިކަން ޓަކައިގަތީ ނެތް ސިފައިން ތިބިކަމަށް ހަދާ އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ކަމަށް މޯދީ ދައްކައިގެންނެވެ.

    ކޯޓުން ކުޅަ ހުކުން ހަރާން ވެގެން ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ދޫކޮށްލަން ބުނި ރައީސް ޔާމީނު އަދިވެސް ހުންނެވީ ބަންދުގައެވެ. ގައުމު އަޅުވެތި ކޮށްގެން ތިބިކަމަށް ވެގެން ފުރަތަމަ ދުވަހު ބާލަން ބުނި އިންޑިއާ ސިފައިން ބޭލީ ކޮށި ރޭޒަރަކުންނެވެ. މޯދީގެ ކުރިމަތީ ބޯ ގުދުކޮށް އިސްއުފުލާލަން ނުކެރޭވަރަށް ކުޑަވެ މޯދީގާތު ސިފައިން ކީއްކުރަން ހެއްޔެވެ. "ސިފަ"އޭވެސް ބުނެލެވޭވަރުގެ ހަކަތައެއް މުއިއްޒުގެ ދުލަކަށް ނުލިބުނެވެ.

    ވެރިކަން ހޯދުމަށް މަކަރާ ހީލަތް ހަދައިގެން މުއިއްޒު ވެރިކަން ޓަކައިގަތުމެކޭ މަންޑޭ ފްލެޓް ދައްކައިގެން ބައެއްގެ ފައިސާ ތަކެއް ޓަކައިގަތުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. 

    ]]>
    Sun, 03 Dec 2023 12:28:32 +0500 ހީރަސްނިއުސް
    މުއިއްޒު ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ކޮލިޓީއެއް ނުފެނޭ https://heerasnews.com/2066 https://heerasnews.com/2066 ކަންކަމަށް އައުވުމަކީ މައްސަލައެއް ނޫނެވެ. އައުކަން ކެނޑެންދެން އުޅެންވާނީ އައުކަން އެނގި ގެނެވެ. ހަޑިއެއް ނުހާވާ ނިކަން މައިތިރިކޮށެވެ. އެހެން މީހުން ކުރިން ކަންތައް ކޮށްފައި ހުރި ގޮތްގޮތާއި އެކަންކަން އެހެން ކުރާންޖެހުނު ސަބަބު ދެނެގަންނަން ވެސް ޖެހެއެވެ. ކައްޓަފުޅި ފެނަށް ދިރެނީ ވެސް މަޑުމަޑުންނެވެ. 

    ރައީސް މައުމޫނަކީ 1978 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން އިރު ރާއްޖޭގައި ނެތްވަރު މޮޅު ބޭފުޅެކެވެ. ރައީސްކަން ލިބި ވަޑައިގެން އިރު އިތުބާރު ކުރެއްވޭ މޮޅު ބޭފުޅުން ވެސް ތިއްބެވިއެވެ. ހޮދު އެ މަނިކުފާނަކީ ރައީސް ނަސިރުގެ ވަޒީރެއް ވެސް މެއެވެ. އެކަމަކު އެ މަނިކުފާނުގެ ފުރަތަމަ ކެބިނެޓަށް އައްޔަނު ކުރެއްވީ ރައީސް ނަސިރުގެ އަރިހުގައި ވަޒިރުކަން ކުރައްވާފައި ތިއްބެވި ތަޖުރިބާ ކާރު ބޭބޭފުޅުންނެވެ. އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި އިތުބާރު ކުރެއްވޭ އިލްމީ ބޭބޭފުޅުން އިސްކުރެއްވީ ތަޖުރިބާކާރު ވަޒީރު ބޭފުޅުންގެ ނައިބުންނަށެވެ. އެބޭފުޅުން ވަޒީރުންނަށް ހެއްދެވީ ތަމްރީނާ ތަޖުރިބާ ހޯއްދެވުމުންނެވެ. 

    ސަރުކާރެއްގެ މޫނު މައްޗަކީ ރައީސް އޮފީހެވެ. ރައީސް މައުމޫނު އިރުއްސުރެ ވަރަށް ފަހަކާ ޖެހެންދެން އެތާނގައި ހުންނަ މަސައްކަތު މީހާއިން ފެށިގެން އިދާރީ އެންމެ އިސް މަގާމުތަކާ ހަމައަށް ތިއްބެވި ހުރިހާ މުއައްޒަފުންނަކީ ސަރުކާރުގެ އޮފީސްތަކުން ފުރާނާލައިގެން ނެގޭ ކްރީމް އޮފް ކްރީމެވެ. ހެދުން އެޅުމާއި އުޅުމާ ގުޅުމުގައިވެސް ނިކަން ގޮތްހުރި މުއައްޒަފަކު ނޫނީ ރައީސް އޮފީުގައި ނުހުންނާނެއެވެ. ހަމަ އެހެން ރައީސް އޮފީހުގެ ކޮންމެ ލިޔެކިޔުމަކީވެސް ވަށާޖެހިފައިވާ ކުށެއް ބުށެއް ނެތް ފިސާރި ފެންވަރު ހުރި ލިއުމެކެވެ. ރައީސުލްޖުމްހޫރިއްޔާއާއި ގުޅުން ހުރި ކޮންމެ މީހަކާއި ކަމަކާއި އެއްޗެއް ހުންނާނީ ރައީސް ފެންވަރުގައި އެ ކޮލިޓީގައެވެ. 

    ރައީސް މައުމޫނަށް ފަހު ރައީސްކަމަށް އިސްވެވަޑައިގެން ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު ނޫން ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން ވެސް ފުރަތަމަ ދުވަހުއްސުރެ  ރައީސް ކޮލިޓީ ފެނެއެވެ. ކިތަންމެ ސިޔާސީ ތަފާތުކަމެއް ދެ ރައީސެއްގެ ކިބައިން ފެނުނަސް ރައީސް އޮފީހުގެ ރައީސްވަންތަކަން ކެނޑިފައި އޮތްތަނެއް ބޭރަކަށް ނުފެނެއެވެ.

    ރައީސް މައުމޫނު އިރުއްސުރެ އޮފީހުގެ ހަމަ ހިފަހައްޓަވާ ބޭފުޅުން ތަކެއް އެތާނގައި ތިއްބަވައެވެ. ވަރަށް ބޮޑު ގޯހެއް ހަދައިގެން ނޫނީ އެމީހުންގެ ތެރެއިން އެއްވެސް މީހަކާ އެއްވެސް ރައީސަކު ނުކުޅުއްވައެވެ. ސިޔާސީ ގޮތުން ބަދަލުވަނީ ވަކި ހިސާބަކުން މައްޗަށް އިސްކޮށްފައި ތިއްބަވާ ސިޔާސީ ބޭފުޅުންކޮޅު އެކަންޏެވެ. 

    ރައީސް އޮފީހުގެ ރަސްމީ އެކައުންޓުން ކުރެވޭ ޓްވީޓް ޑިލީޓްކުރުމާއި މަގާމުތަކަށް އިސްކުރައްވާ ބޭބޭފުޅުންގެ ނަންފުޅުތައް ތަކުރާރުވުމާއި ކުރީ ސަރުކާރު ތަކުން އާއްމު ކުރައްވާފައި ހުންނަ ރަސްމީ ލިޔެކިޔުން ރަސްމީ ސައިޓުން ނެގުމާ މިހުންނަނީ ކޮށްއުޅޭ ކަންކަމެއް ނޫނެވެ. ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ކަން ހިނގާ ވަރަށްވުރެ ބޮޑުކޮށްގެން އާއްމު ކުރުމާ މިޒާތުގެ ކަންކަމަކީ ރައީސް އޮފީހުގެ ކޮލިޓީއެއް ނޫނެވެ. ހަމައެހެން މުއިއްޒު ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ކޮލިޓީއެއްވެސް އަދި ނުފެނެއެވެ.

    ]]>
    Sat, 02 Dec 2023 19:18:38 +0500 ހީރަސްނިއުސް
    އަންނަ ތީރާއި އުންޑައިން ދިފާއުވާން އޮތީ ބާ ޓިނުގަނޑެއް https://heerasnews.com/2065 https://heerasnews.com/2065 މިނިކާ ބާޒުތައް ފަހަތުގާ ތިބީ ޖަހައިގަންނާނެ ވަގުތަކަށް ބަލަބަލައެވެ. ރޯގިލަ ކަންފުޅެއް ނުވެގެން އަނގަ ކާލަ ކާލައެވެ. އާނއެކެވެ. މިނިކާ ބާޒުތަކުގެ ކަންކަން ހައްދުންމައްޗަށް ގޮސްފައިވަނީ މާބޮޑަށެވެ. ހައްދުން މައްޗަށް ނުދާ ވަކިކަމެއް ނެތެވެ. ޓިނުގަނޑަކުން ހުނި ގޮނޑިއަކުން ހުސްގޮނޑިއަކުން އުސްގޮނޑިއަކަށް އެރުމަކީ ކަންކަން ހައްދުން މައްޗަށް ނުގޮސް އޮންނާނެކަމެއް ނޫންތާއެވެ. 

    އިއްޔެގާ އެކީ އުޅުނު މިތުރުނާ އަޒީޒުނާ ވަކިވެ އެދަނީ އަޑަފި ހިއްޕަވައިގެން ހައްޕުޑު ބުރުވާތީ ކެތްނުކުރެވިގެންނެވެ. ކަޅުއޮށު ބަނޑުދަށުގައި ހުރެ ކޮރަކަލި ބޮޑުވެ ފަނިހަންޖަކަށް ވުމުން ބަނޑުދޮށު ލައިގެން ގެންގުޅެ ބޮޑުކުރި ކަޅުއޮށް ކާލައިގެން ފަނިހަނދި ކަނޑު ބޭރުވުމަކީ ހައްދުން މައްޗަށް ދިޔުން ނޫން ކަމެއް ނޫނެވެ. 

    ގެންގުޅުނު ހުސް ގޮނޑީގައި ނުފެންނަ ތާކިހާ އަޅުވާފައި ބައިންދައިގެން އުޅުނު ރޫހާނީ ލީޑަރުގެ އުނގަށް އެކަކު އަތްލައިގެން، އަނެކަކު ފައި ފަލަމަސްގަނޑުގައި އަތް އަޅައިގެން ތުން ގުޅައިގެން ތިބެވުނު ހަނދާން ނެތުނަކަސް އެކަން ދެނަހުރި މީހުން ބައިވަރެވެ. 

    ސައިޒަށްވުރެ ބޮޑު މަރަވަޅިއެއް ފައިތިލަޔަށް މަހާލެވުނީމާ ކަންކަން ހައްދުން މައްޗަށް ދިޔައީތާއެވެ. އެކަމަކު އެންމެނަކު ތިބީކީ އެޅިހާ ބަތަކަށް ރިހަވެގެނެއް ނޫނެވެ. އެންމެންނަކު ބެޔަށް މަސް ވެގެނެއް ވެސް ނޫޅެއެވެ. 

    މިހާ އަވަހަށް ތީރުތަކާ އުންޑަތައް މެޔަށް އަމާޒުވެގެން އަންނަން އުޅޭތަން ފެންނަން ފެށީތާއެވެ. ހަފަރާތުން ތީރު ތަކާ އުންޑަތައް އަންނަން ފެށީމާ ގަންނާ ކުރެއްވި ބިރުން ފިލަން ނުގޮސް ވަންނާނީ ވަކީން ކޮން ވަލަކަށް ހެއްޔެވެ. 

    ވަށަވަށައިގެން ތީރުތަކާ އުންޑަތައް އަންނަން ފެށީމާ މޭދިއްކޮށްގެން އަމަށަކުން ނުހުރެވޭނެއެވެ. ފޫ ގޮސް ހަސްނެތިފައި އޮތް ބާ ޓިނުގަނޑެއް އައްޑަނައަކަށް ދިއްކުރިޔަސް ވާނޭކަމެއް ހަރާމުން ހަރާމެވެ. 

    ]]>
    Sat, 02 Dec 2023 17:04:43 +0500 ހީރަސްނިއުސް
    އިދިކޮޅު އެމްޑީޕީ ވެރިކަންކުރާ ޕާޓީއަށް މުއިއްޒު ބަދަލުކޮށްލަފާނެ! https://heerasnews.com/2047 https://heerasnews.com/2047 ޕާޓީ ޕޮލިޓިކްސްގައި ޕާޓީ ބަދަލު ކުރުމަކީ ރާއްޖޭގައި ކުރިން ނިކަން ބޮޑުކަމެކެވެ. އެއް ޕާޓީއެއްގެ މެންބަރަކު އަނެއް ޕާޓީއަކަށް ބަދަލުވުމާއި ޕާޓީތަކުން ވަކިވުމަކީ ކަން ބޮޑުވުމާއެކު ގިނަ ބަޔަކު ވާހަކަ ދައްކާ މައުލޫއެކެވެ.

    ރާއްޖޭގައި އެންމެ ފުރަތަމަ މެންބަރަކު ޕާޓީ ބަދަލުކުރީ ޕާޓީ ނިޒާމު ފެށުނުތާ ވަރަށް ކުރީކޮޅުގައެވެ. އޭރު ޕާޓީ ބަދަލުކުރީ މޯލްޑިވިއަން ޑިމޮކްރެޓީކް ޕާޓީގައި ބަސްގަދަ އަޑުގަދަ އެކްޓިވިސްޓެކެވެ. ދެވަނަ ބާރަތޭރައިގެ ދުވަހު ހިންގި ސިޔާސީ ހަރަކާތްތަކާ ގުޅިގެން ދުންފިނިހަރުގެ ( އެމްޑީޕީ މައި ހަރުގެ) ސަލާމަތީ ބާރުތަކުން ރޫޅާލުމުގެ ތެރެއިން ސިފައިންގެ ބެލުމުގެ ދަށަށް އޭނާ ގެންދެވި ޖަލުގައި ބަންދު ކުރިއެވެ. ޖަލު ބަންދުން ވީއްލި މިނިވަން ވީއިރު އިމާދު ސޯލިހު ހުރީ އެމްޑީޕީ ދޫކޮށް ޑީއާރުޕީ (ވެރިކަންކުރާ ޕާޓީ)އަށް ސޮއިކޮށް އެޕާޓީއަށް ބަދަލުވެފައެވެ. ޕާޓީ ބަދަލު ކުރުމަކީ އައު ކަމަކަށްވެ އެ ވާހަކައިން މުޅި ރާއްޖޭގައި އޭރު އަޑު ހިއްޕާލިއެވެ. 

    ގިނަ ދުވަސްތަކެއް ނުވެ ޑީއާރުޕީގެ ވެރިކަން ނިމި އެމްޑީޕީއަށް ވެރިކަން ލިބި ޕާޓީ ބަދަލުކުރުމުގެ ޓްރާންސްފަރ މާކެޓް ހުޅުވުނެވެ. ކުއްލިޔަކަށް ފެނިގެން ދިޔައީ ޑީއާރުޕީގެ ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ ވަހީދު ރަސްމީ އިއްޒަތުގައި އެމްޑީޕީއަށް ބަދަލުވީ ތަނެވެ. އެހިސާބުން ޕާޓީ ބަދަލުކުރުމަކީ އާދައިގެ ކަމަކަށް ބަދަލުވެގެން ދިޔައީއެވެ.

    އާއްމު މެންބަރުން ޕާޓީ ބަދަލު  ކުރުމަކީ މައްސަލައަކަށް ނުވިޔަސް މިހާރުވެސް މަޖިލިސް މެންބަރުން އެއްޕާޓީއަކުން ހޮވިގެން އަނެއް ޕާޓީއަކަށް ބަދަލުވާ ވުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ. ފްލޯކްރޮސިންގ ގާނޫނެއް ނެތުމުގެ ކަންބޮޑުވުން އަދިވެސް އެބައޮތެވެ.

    އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ހޮވުނުއިރު ހުރި ހައިސިއްޔަތު ބަދަލުކުރުމުން އިންތިހާބީ މަގާމު ހުސްނުވުމަކީ ރައްޔިތުންގެ ކަން ބޮޑުވުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހޮވުނު ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ދިޔުމުން އެޕާޓީއަށް މަޖިލީހުގައިނެތް ހައިސިއްޔަތު ލިބޭހެން އެމެންބަރު ދޫކޮށް ދިޔަ ޕާޓީން ގެއްލުނު ހައްގު ލިބެވޭ ގޮތެއް ނޯވެއެވެ.

    ޕާޓީއެއްގެ އެތެރޭގައި އުފެދޭ ނުތަނަވަސް ކަމެއްގެ ސަބަބުން އަޅާފިޔަވަޅަކުން ޕާޓީގެ މެންބަރުކަން ގެއްލޭ ފަހަރުވެސް އެބަ އާދެއެވެ. އެހާލަތު ދިމާވީ ރައްޔިތުންގެ އިންތިހާބީ މަގާމެއްގައި ހުރީ މީހަކަށް ވާނަމަ އެމީހެއްގެ އިންތިހާބީ މަގާމަށް ވާނެގޮތެއް ކަނޑައެޅިފައެއް އަދި ނެތެވެ.

    އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން އެއްޕާޓީއެއްގެ ޓިކެޓްގައި ހޮވިގެން އަނެއް ޕާޓީއަކަށް ބަދަލުވުމުގައި ހަމައެއް ނެތްނަމަ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ޕާޓީ ބަދަލު ކުރެވޭނެއެވެ. އަމްދުން ޑޮކްޓަރ މުއިއްޒު ފަދަ ޕާޓީ ބަދަލުކުރެއްވުމުގެ ހިސްޓްރީއެއް އޮންނަ ބޭފުޅަކު ރައީސް ކަމުގައި ހުންނަވާއިރު ނިކަން ފަސޭހައިން ވެރިކަން ކުރާ ޕާޓީވެސް ބަދަލު ކޮށްލައްވަފާނެއެވެ. އިދިކޮޅު އެމްޑީޕީ ވެރިކަން ކުރާ ޕާޓީއަށް ވެސް ހިދުކޮޅެއްގެ ތެރޭގައި މުއިއްޒަށް ހައްދަވާ ލެއްވިދާނެއެވެ. ބޭނުން ވާނީ އެމްޑީޕީއަށް ޑރ. މުއިއްޒު ސޮއި ކޮށްލެއްވުމެވެ.

    ]]>
    Mon, 27 Nov 2023 10:49:55 +0500 ހީރަސްނިއުސް
    އަމާޒު ލާހޫރޭ ސަރުކާރު https://heerasnews.com/2045 https://heerasnews.com/2045 ރައީސް މުއިއްޒަށް ކުރަން އުޅޭކަމެއް ކުރެވޭކަމެއް އެނގޭހެނެއް ހިޔެއްނުވެއެވެ. ޑރ. މުއިއްޒުގެ ފޮއިދުވަސް ނުވާ ސަރުކާރަށް ހެދޭ ނުހެދޭ އެނގޭހެނެއް ވެސް ހިއެއްނުވެއެވެ. ދެއްކި ވާހަކައާއި ކުރެވޭ ކަމަކާ ދިމައެއް ނުވެއެވެ. 

    ސަރުކާރު އެކުލަވާލުމުގައި މަގާމުތައް ދެވޭނުދެވޭ މީހުނެއް އެނގެނީއެއް ނޫނެވެ. އަމިއްލަ އާއިލާއާއި އަނބި މީހާގެ އާއިލާގެ އެތައް ބަޔަކަށް ވަޒީރުން ފެންވަރުގައި މަގާމުތައްދީ ދައުލަތުގެ ވަޒީފާތަކަކީ ވާރުތަ މުދާގަނޑަކަށް ހަދަތްޕެވެ. ފޮނަދޫ އަދުރޭގެ ދިލަކޮޅު މިލަކޮޅާއި ޅިޔަން ފަހަރިންނަށް މަގާމުތައް އޮހެނީ ބޯ ވިއްސާރަގަނޑެއްގައި ފައްސިޔަ ދިޔަދޮތްވަކުން ފެންފައިބާ ހެންނެވެ. 

    ގަނޑިޔަ! ފުކެއް ބޮޑެވެ. އެއް އާއިލާއަކުން އެތައް ބަޔަކަށް މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓރުކަމާ ދެން އޮތް ކަމެއްވެސް ދެނީއެވެ. ހިންނަވަރު ބޮޑުފެންޑާއެއް ނޫ މުއްޗެއް ތަފާތު ނުކޮށް އެކިވަރުގެ ވަޒީރުންނެވެ. ކުވާމާރި އެކޭ ކަސްޓަމެކޭ ކިޔާނެ ކަމެއް ނެތްތާއެވެ. ކޮތަން މަލެކޭވެސް ނުކިޔަމެވެ. ފުވައްމުލަކާއި ނިލަންދުއަށް ނިސްބަތްވުމަކީ ކުޑަ ނަސީބެއް ނޫނެވެ. 

    އެންމެ ރަނގަޅެވެ. އެއް އާއިލާއަކަށް އެއްރަށަކަށް ނިސްބަތްވިއްޔާ ވާނީ ކީއްހެއްޔެވެ. އެ އެންމެންނަކީ ވެސް ނިކަން ގާބިލު ބައެކޯލައެވެ. އެއްމުދާ ބެހޭ ބަޔަކަށް ދައުލަތް ބަހާލިޔަސް ވަރިހަމަތާއެވެ. އެމީހެއްގެ ރޮނޑަކުން ހަންދަމާނެ ކޮޅެއް އެމީހަކަށް އެނގޭނީ ހަންދަމާ ރޮނޑަކީ އަމިއްލަ ރޮނޑެއް ނަމަތާއެވެ.

    ދޭ ބަޔަކަށް މަގާމު ދެމުން ކަނޑަމުން ދަނީ ވާނުވާގައި ހުންނާތީ ނޫންބާވައެވެ. ދެތިން ދުވަހު ވަޒީރުން ފެންވަރުގައި މީހަކު ގެންގުޅެލާފައި ކަނޑާ އެއްލާލަނީ ގިނަ މީހުނަށް ވަޒީރު ފެންވަރުގެ ރަހަ ދައްކާލަން ދޮތައެވެ. އޭރުން ފަސް އަހަރުގެ ދައުރެއް ނިމޭއިރު ވަޒީރުކަމެއްގެ ރަހަ ނުފެންނަ ވަކި މީހަކުވެސް ނުހުންނާނެތާއެވެ. އެއްޔަކީވެސް ދެރަގޮތެއް ނޫނެވެ. 

    ހަޔާތުގައި ޕަބްލިކް އޮފީހެއްގެ ކުޑަބޭރު އަރާލައިފައިނެތަސް ތޫލި އަޑަކުން މަހުރަޖައިން ދެތިން ޓީވީ ޕްރޮގްރާމް ހުށަހަޅާލާ ފިލިކޯޅި ހަމަކޮށް ފަރިއްސެއް ހަދާލަން އެގުނީމާ އެހުރީ ވަޒީރުކަމަށް ކުފޫހަމަވެފައެވެ. މައިކެއް ހިފައިގެން ދެތިން މުޒާހަރާއަށް ޖައްސާލާ މަގުމަތިން ވަކަރުގޭ ކުއްޖެއްގެ ބުޅިވަޅުން ކެއްސެއްލިބި ކުރަކި ގޮތަކަށް ރިޔާސީ ބަހުސެއް ހުށައަޅާލެވުނީމާ އެހުރީ ވަޒިރުކަމަށް ފައްކާވެފައެވެ. މިހުރިއްޔަކީ އެންމެންނަކު ބެހެންވާ ވަރުގެ ކަންކަމެއް ނޫންތާއެވެ. 

    ވުޒާރާތަކުގެ މަސައްކަތް ބަހާލުމުގައިވެސް ފެންނަނީ އެއްޒާތެއްގެ ކަންކަން އެތައް ވުޒާރާއަކުން ކުރާގޮތަށް އޮތް އޮނިގަނޑެވެ. ހިދުމަތް ހޯދަން ތިބި ރައްޔިތުންނަށް ވާނުވާއެއް ނޭނގި ވަންނަނީ ވަލެވެ.

    ފަށައިގެން ކުރިއަށްދާ ހިޔާވަހިކަން ދިނުމުގެ މަސައްކަތް ކުރާކަށް ފައިސާއެއް ނެތެވެ. މުޅިން އަލަށް ފުށިދިއްގަރު ފަޅު ހިއްކަން ފައިސާ އެބަހުއްޓެވެ. އާއިލާ މީހުންނާ ރައްޓެހިންނަށް ވަޒީރު ފެންވަރުގެ ވަޒީފާދީގެން މުސާރައާއި އިނާޔަތާއި ކާރުކޮޅުތައް ދޭނެ ފައިސާ އެބަހުއްޓެވެ. ނެތީ ރަށްރަށުގައި ފަށާފައިހުރި އަސާސީ ހިދުމަތުގެ މަސައްކަތް ނިންމާނެ ފައިސާއެވެ.

    މިނިސްޓަރުނާއި ސިޔާސީވެރިންގެ ފުރަތަމަ މަސައްކަތަކީ ރައީސް މުއިއްޒާއެކީ ތިބިކަމަށް ބުނެ އެކްސް ކުރުމެވެ. އެމީހުން ތިބީ މުއިއްޒާއެކީގައި ކަން ނޭގިގެން އުޅެނީ ކާކަށް ހެއްޔެވެ. ކިތަންމެ އެކްސެއް ކުރިޔަސް ކާކަކީ ކާކުކަން ރައީސް ޔާމީނަށް އެނގޭނެއެވެ.  

    ]]>
    Sun, 26 Nov 2023 15:26:44 +0500 ހީރަސްނިއުސް
    ޔާމީނުގެ އެންމެ އިޝާރާތަކުން މުޅި ސަރުކާރު ޑިފެންސަށް https://heerasnews.com/2043 https://heerasnews.com/2043 ޕީޕީއެމް-ޕީއެންސީގެ ލީޑަރ ރައީސް ޔާމީނާއި އެ މަނިކުފާނުގެ ވަފާތެރިން ބާކީ ކުރައްވާ ރައީސް މުއިއްޒު ދައުލަތް ހިންގަވަން ފެއްޓެވުމުން ރައީސް މުއިއްޒުގެ ސަރުކާރު ހޫނުފެނަށް ވެއްޓިއްޖެއެވެ. ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމުގެ ދޮގު ވައުދާއެކު ރައީސް ޔާމީނުގެ ފޮޓޯފުޅު ވިއްކަވައިގެން ރައީސް މުއިއްޒު ވެރިކަން ހޯއްދެވުމަށް ފަހު ވައުދާ ހިލާފުވެ ވަޑައިގަތީ ވަކިވަރަކަށް ނޫނެވެ. ރައީސް ސޯލިހު ސަރުކާރާ ދެކޮޅަށް ވިއްކި މައިގަޑު ބޮޑު ތިން ވައުދު ފުއްދަވަން އުޅުއްވާކަމުގެ ކުޑަވެސް އިޝާރާތެއް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ނުފެނުމަކީ ރައީސް ޔާމީނުގެ އެންމެ ބޮޑު ކަންބޮޑުވެ ވަޑައިގަތުމެވެ.

    ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެނިގެން ދަނީ އަމިއްލަފުޅު ހައިބަތު ބޮޑުކުރެއްވުމާއި ރައީސް ޔާމީނަށް އޮތްތާއީދު ފަނޑުކޮށްލުމަށް ކުރައްވާ މަސައްކަތްޕުޅު ތަކެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަފާތެރިން ޕީޕީއެމް-ޕީއެންސީ ވެރިކަމަށް ގެނައުމަށްވީ ގުރުބާނީތަކަށް އިހުތިރާމް ނުކުރައްވާ ތަނެވެ. ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންގެ ސަފު ލޮލުކޮޅަށް އޮބަލާ ވަރަށް އޮތްއިރު މަގާމުތައް ދިނުމުގައި ރައީސް ޔާމީނު އަރިހުން ހޭވެސް އައްސަވާ ނުލައްވައެވެ. 

    ޕީޕީއެމަށް ވެރިކަން ގެއްލުމުން ޕާޓީ ދޫކޮށް ހިހޫތަނުން ފަރިއްކުޅުއްވާ އުޅުއްވި ބޭބޭފުޅުން ގެންނަވާ އަތްގުޅި ނުކާވަރުގެ ބޮޑެތި މަގާމްތައް ދެއްވަނީއެވެ. އެއް އާއިލާއިން ތިން ހަތަރު މީހުނަށް ވަޒީރުން ފެންވަރުގެ މަގާމުތައް ފަތުއަޑު ކިޔާފައި ދެއްވަނީއެވެ. ޕީޕީއެމަށް ހަރާންކޯރުވި ރައީސް މުއިއްޒުގެ އާއިލީ ބޭބޭފުޅުންނާއި މާލެސިޓީ ކައުންސިލުގައި ތިއްބަވައިގެން ރައީސް ޔާމީނާ ދެކޮޅަށް ޕީޕީއެމް ތެރޭގައި ބަގާވާތްކުރި އެންމެންނަންހެން ވަޒީރުންގެ ދަރަޖައިގައި މަގާމު ދެއްވުމުގައި ރައީސް މުއިއްޒު އުޅުއްވަނީ އަތްއަނބުރާ ލައްވާފައެވެ. ދައުލަތުގެ ޢަމްދަނީއާއި ރައްޔިތުންގެ މުހުތާދުތަކަށް ބެއްލެވުމެއްނެތެވެ. 

    ޕީޕީއެމްގެ ދެނައިބު ރައީސުންނަށް ވަޒީރުކަން ދެއްވައިގެން ޕީޕީއެމްވެސް ރައީސް މުއިއްޒު ހިސޯރު ކުރެއްވީއެވެ. އެންމެފަހުން ރައީސް ޔާމީނަށް ކެތް ނުކުރެއްވިގެން ޕީޕީއެމް ހިންގަން ވަގުތީ ކޮމެޓީއެއް އުފެއްދެވުމަކީ ދެފަރާތުގައި ރޯވެފައިވާ އަލިފާންގަނޑުގެ ހުޅުފަޅައިގެން ދާން ދިމާވި ސަބަބެވެ. ދެނަކާ ދެނެއްނެތެވެ. ރައީސް މުއިއްޒުގެ ދެ ޕަޕެޓުން ކަމުގައިވާ ޕީޕީއެމްގެ ދެނައިބު ރައީސުން ގާނޫނީ ހައިސިއްޔަތު ބޭނުން ކުރައްވާ އެހަރަކާތް ހުއްޓުވާ އިސްކޮށް ހުންނެވި ރައީސް ޔާމީނުގެ ލޯޔަލިސްޓު މަލީހު ޖަމާލު ސަސްޕެންޑް ކުރެއްވީއެވެ.

    ރައީސް ޔާމީނަކީ މިވަގުތު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށް ވުމުން ސިދާކޮށް ސިޔާސީ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަކީ ކުރެއްވޭނެ ކަމެއްނޫނެވެ. އެކަމުގައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވޭނެ މާބޮޑުކަމެއް ނުއޮންނާނެތީ ޕީޕީއެމް ދޫކޮށްލައްވަން ނިންމެވީއެވެ. ހަމަ އެއާއިއެކު ރައީސް ޔާމީނުގެ ވަފާތެރިންނަށް ސިޔާސީ ހަރަކާތް ހިންގޭނެ ޕްލެޓްފޯމެއް ގާއިމު ކުރައްވަން ނިންމެވީއެވެ. 

    ރައީސް ޔާމީނުގެ ވަފާތެރިންނަށް ސިޔާސީ މަސައްކަތް ކުރާނެ ޕްލެޓް ފޯމެއް ހައްދަވާ ދެއްވަން މަސައްކަތް ކުރެއްވުމަކާ ސަރުކާރަކާ ކީކީހެއްޔެވެ. އެކަމަކު ސަރުކާރު މޭގަނޑު ނެގިނެގިފާ ޖެހެން ފަށައިފިއެވެ. ގޮތް ހުސްވެ ހަކަތަ ހުސްވެއްޖެ ކަހަލައެވެ. ވަޒީރު ބޭބޭފުޅުންނާއި ސިޔާސީ މަގާމުތަކަށް އައްޔަނު ކުރައްވާފައި ތިބިހާ މީހުން ރައީސް މުއިއްޒާއެކު ގަދަޔަށް ތިއްބެވި ވާހަކަ މާސް މީޑިއާއި ސޯސަލް މީޑިއާގައި ރާގު ރާގަށް ދައްކަވާނީ ގައިމު ކަމެއް ވެގެންތާއެވެ. ޕީޕީއެމް- ޕީއެންސީ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވަން ވިސްނަވާ ބޭފުޅުންވެސް ހީވަނީ އެހެން ކަމެއް ހެންނެވެ. 

    ރައީސް މުއިއްޒަށް ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތްކަމުންނާއި މަޖިލީހުގައިވެސް ސަރުކާރަށް ވާގިދޭނޭ ބަޔަކުނެތުމުން ހެލޭ ދަތެކޭ ރައީސް މުއިއްޒުގެ ސަރުކާރެކޭ މާބޮޑު ތަފާތެއް ނުއޮންނާނެތާއެވެ. ރައީސް ޔަމީނުގެ ކުޑަކުޑަ އެންމެ އިޝާރާތަކުން މުޅި ސަރުކާރު ކޮޅުމަގަށް އެރީތާއެވެ. ބޯޅަ ކޮއްޓާލުމަށް ފަހު ކުރިއަށް އެންމެ ޕާހެއްވެސް ނުދީ މުޅި ސަރުކާރު އެކުގައި ޑިފެންސަށް ފޭބީތާއެވެ.     

    ]]>
    Sat, 25 Nov 2023 19:15:02 +0500 ހީރަސްނިއުސް
    އީވާއަށް: ކުރާ ހުވާއަކީ ސިޔާސީ ޗަރުކޭހުގެ ޕާސްވޯޑެއްނޫން https://heerasnews.com/2004 https://heerasnews.com/2004 މީހުންގެ ހުންނަ ގޮތް ނެތްކަން ނިކަން ދެކެބަލާށެވެ. ރެއަކަށް އިރު އޮއްސިފައި އިރު އެރިއިރު މިއަދު ދައްކަނީ އިއްޔެ ދެއްކި ވާހަކަ ދިމާ އިދިކޮޅަށެވެ. ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ އެމީހުންގެ މަންދޫބުން މިހާވަރަށް މުނާފިގު ވީމާ އެތަނަކުން ހަޔާތް އަރުއްވައި ގަންނާކަށް ލަހެއް ފަހެއް ނުވާނެއެވެ. ދެކޮޅުވެރިކަމާ ބަދަލު ހިފުން އަށަނުގަނެއެއް ނުދާނެއެވެ. 

    ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުއްލާ އަކީ އޭގެ މިސާލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުރި އޭނާގެ ދެބެންގެ ދެދަރި ބޭބެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ނުހިންގާ ޕާކްކޮށްފައި ބާއްވައިގެން ބޭނުންވީ ބަޖެޓް ޖަލްސާތައް ފަށައިގެން ކުރިއަށް ގެންދާށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އޮއްވާ އެކަން ނުކޮށް މަޖިލީހުގައި އެހެން ކަމެއް ނުކުރާން ގާނޫނުގައި އޮތަސް އެކަން ނުކޮށްވެސް ބަޖެޓްގެ މައްސަލަ ކުރިއަށް ގެންދަން ސްޕްރީމް ކޯޓުގެ ހުކުމަކުން ބާރުދޭކަމަށް ބުނެ ބަޖެޓްގެ ކަންތައް ކުރިއަށްގެންދަން އީވާ ހުރީ އެއްރޮއްޖަށް ފޫގަޅައިގެނެވެ. ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގައި އިތުރު ހިނދުކޮޅަކުވެސް ބެހެޓެވޭތޯ އީވާ މަރުދިނެވެ. 

    އަނހާ! ސަހަރޯއެވެ. ހަމަ އެދުވަހު މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރާނެ ކަމުގެ ޔަގީންކަން ލިބިގެން އިސްތިއުފާދީފާ ތިރިގޮނޑިއަށް ރައީސް ނަޝީދު ފޭބިއެވެ. އެހިސާބުން އައު ރައީސަކު ހޮވާ މަޖިލީސް ހަމަ މަގުގާ ހިނގައިގަންނަ ގޮތް ހެދިއެވެ. އެހެން ކަމުން ޖެހިގެން އައި ދުވަހު (މިއަދު) ބަޖެޓް މައްސަލަ އެޖެންޑާކޮށް ބަޖެޓް ފާސްކުރުމުގެ މަސައްކަތް މަޖިލީހުގައި ފެށުނެވެ. 

    ކަމަކު ދާކަށް ނެތެވެ. ބަޖެޓްގެ މަސައްކަތް ނުފަށައިގެން ގައުމު ހުއްޓޭތީ ފަޔަށް ހިނިއަރައިގެން އުޅުނު މެންބަރު އީވާއަށް އެކަމެއް ކުރާކަށް މިއަދަކު ކަމަކު ނުދިޔައެވެ. މަޖިލީހުގެ ތަޅުމުގައި އެކޮޅުކޮޅުން ޖެހުނީ ބަޖެޓްގެ މަސައްކަތް ފެށުމުން އެކަން ކުރިޔަނުދޭށެވެ. މިހާރަކު ބަޖެޓް ފާސް ނުވެ އޮވެގެން ގައުމު ހުއްޓޭ ކަމަކަށްވެސް އީވާއަކަށް ނުވެއެވެ. 

    އިންތިހާބުކޮށް މުސާރަދީފައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް ފޮނުވަނީ މަޖިލީހުގައި ހިނގަނީ ސިޔާސީ ކަންކަމޭ ބުނެ އެމީހުން ޗަރުކޭސް ކުޅޭކަށް ނޫނެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށްކޮށްފާ އެހުންނަނީ ސިޔާސީ ކަންކަމޭބުނެ ކަމުން ރެކެން ނޫޅޭށެވެ. މާތް ކަލާނގެ ގަންދީ ކުރާ ހުވާއަކީ މަޖިލީހުގައި ކުރާނެކަމެއް ކުރާނެ ގޮތަކަށް ކުރަން މަޖިލީހަށް ވަނުމަށް ޖަހާ ޕާސްވޯޑެއް ނޫނެވެ.  

    ]]>
    Tue, 14 Nov 2023 14:17:40 +0500 ހީރަސްނިއުސް
    ޚިޔާނާތަށް އަދަބުދޭން ދިވެހިން ނޭދޭ https://heerasnews.com/2001 https://heerasnews.com/2001 ޚިޔާނާތަށް އަދަބުދޭކަށް ދިވެހިން ނޭދެއެވެ. މިއީ ހަމަ ހުރެފަ ބުނި އެއްޗެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުރެ ޚިޔާނާތްތެރި ވެއްޖެ ކަމަށް ޝަރުޢީ ގޮތުން ސާބިތުވެ ޙުކުމް ތަންފީޒު ކުރަމުން ދަނީ ކުރީގެ ރައީސް ޔާމީނެވެ.  

    އެކަމަކު ރައްޔިތުންގެ ތެރޭން ކަމުވޮށި ކުރިއަށް ތިއްބެވި މަޖިލިސް މެމްބަރުންނާއި އަދި ކިއެއްތަ އޭރު މާލޭގެ މޭޔަރު ކަމަށް ހުންނެވި ޑރ. މުއިއްޒު ވެސް އެހުކުމާ ދެކޮޅަށް މަގުމަތީގައި މުޒާހަރާ ކުރެއްވީ ކިތައް ދުވަހު ކަމެއް ނޭނގެއެވެ.

    އާދަމް ޝަރީފެއް ނައިފަރު ޝިޔާމެއް ތުރާކުނު ސައީދެއް މިހާރުގެ އިންތިހާބީ ނައިބު ރައީސް ސެމްބެއެއް ކިޔާނެ ކަމެއް ނެތެވެ. މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބަވާ މަގުމަތީގައި މަޑިއަށް ޖެހުނީ ރައީސް ޔާމީނަށް ކުރެވުނު ޙުކުމް ޙަރާމް ވެގެންނެވެ. 

    ނުވިތާކަށް ނިމިދިޔަ ރިޔާސީ އިންތިޚާބަށް ނުކުތީ މާސިންގާ ރައީސް ޔާމީންގެ ފޮޓޯފުޅުތައް ދައްކައިގެންނެވެ.

    ޚިޔާނާތުގެ ހުކުމް ތަންފީޒު ކުރާ ގައިދީއެއްގެ ފޮޓޯ ދައްކާލި ތަނާ ރައްޔިތުން ނުކުމެ ވޯޓު އަޅާ މުއިއްޒަށް ވެރިކަން ދިނީ ރައީސް ޔާމީނު މިނިވަން ކުރަން ވައުދު ވީމައެވެ. 

    ދިވެހިން ނިންމާފައި އެވަނީ ޚިޔާނާތަކީ ކުށެއް ނޫން ކަމާ އެއީ ވެރިކަން ޙައްޤުވާ ޝަރުތެއް ކަމުގައެވެ.

    އަދީބެއް ޒިޔަތެއް ރެންޗޭއެއް ބޮއްޑޭއެއް ކިޔާނެ ކަމެއް ނެތެވެ. ޚިޔާނާތުގެ ކުށް ސާބިތުވެގެން ހުކުމް ތަންފީޒު ކުރާ އެންމެން ގާނޫނު ބުނާ މުއްދަތު ހަމަވުމާ އެކު މިނިވަން ކުރުމަކީ ދިވެހިން އެދޭ އެމީހުން ނިންމާފައި އޮތްގޮތެވެ.

    ރައީސް ޔާމީނުގެ އެމުއްދަތު ހަމަވުމާ އެކު އެ މަނިކުފާނު ވަގުތުން މިނިވަން ކުރުމަކީ ރައީސް މުއިއްޒު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިވަގުތަށް ގާނޫނީ ގޮތުން ރައީސް އިބޫއަށް ދެއްވޭނެ ހުރިހާ ލުޔެއް ރައީސް ޔާމީނަށް އެވަނީ ލިބިފައެވެ. ބާކީބަައި މުއިއްޒާ ޙަވާލެވެ.

    މާނަޒާހަތްތެރިން ކަމަށް ދެއްކެން އަދީބަކާ ޒިޔަތެއް މިނިވަން ވެގެން ބޮކިއަރުވާ މީހުން އެބަފެނެއެވެ. ކޮންތާކު ހެއްޔެވެ؟ ދިވެހިންގެ ގިނަ ބަޔަކު ތާއީދު ކުރަނީ ވައްކަމާ ޚިޔާނާތުގައި މީހުންނަށް އަދަބު ނުދީ މިނިވަން ކުރާށެވެ. ރިޕަބްލިކް އޮފް ކުޑައެމެރިކާގައި ވަގުންނެއް ނުތިބޭނެއެވެ. ނިމި ނިމިފައި ފެށޭނީ ވެސް ހައްތާވެސް ޗޯރުންގެ ވެރިކަމެވެ.

    ]]>
    Mon, 13 Nov 2023 18:23:53 +0500 ހީރަސްނިއުސް
    ފައިސާ ހޯދުމުގެ އުކުޅުތަކަށް މުއިއްޒު މޮޅު https://heerasnews.com/1996 https://heerasnews.com/1996 މާލޭގައި ހިރިނުލެވޭ ވަރަށް ވެހިކަލް ގިނަވެގެން ދިޔަޔަސް ޕާކް ކުރަން އޮތީ ހަމަ މާލޭގެ މަގުތަކެވެ. އޭގެ އެންމެ އުޅަނދެއްވެސް ޖައްވު ތެރޭގައި ޕާކެއް ނުކުރެއެވެ. އޮތިއްޔާ އޮތީ ހަމަ މަގުތަކުގެ އަރިމައްޗެވެ. ސަރުކާރުތައް އައިސް ގޮސް  މޭޔަރުން ބަދަލުވެ ދިޔައިރުވެސް މިކަމުން ފަސޭހައެއް ނުވާތަނުގައި ދެން ނެގެން އޮތް އެޑްވާންޓޭޖް ނަގަން އެނގުނު މޭޔަރަކީ މުއިއްޒެވެ.

    ދެމެން އޮތް ތަނެއްގައި ރޮނގެެއްދަމާ ނަމްބަރެއް ޖެހުމަށް ފަހު ޕާކް ކުރާ މީހުން ސިޓީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ ގޮތަށް ގަވާޢިދު ބަދަލުކޮށްލީ ޑރ. މުޢިއްޒެވެ. ކުރިން އެންމެ ރުފިޔާ އެއްވެސް ނުލިބޭ މާލޭގެ މަގު ތަކުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ސިޓީ ކައުންސިލަށް ލިބޭ ގޮތް ހެދިއެވެ. ފާޑު ކިޔާ މީހުން އަންނަ ރުޅީގައި މުއިއްޒު މާލޭގެ މަގުތައް ވިއްކާލީއޭ ކިޔައެވެ.

    އެރޮނގު ނުދަމާ އެފައިސާ ނުނަގާ ކުރިންވެސް އޮތްގޮތަށް މަގުތައް ބޭއްވިޔަކަސް ވާފަސޭހައެއް ލިބޭ ލުޔެއް ނޯވެއެވެ. ދުއްވަ ދުއްވާ ފައިވެސް ގޮސް އެމީހަކަށް ލިބުނު ޖާގައެއްގައި އެމީހަކު ހިތަށް އެރިތާކު ޕާކް ކުރަނީ ހަމަ މާލޭ މަގުތަކުގައެވެ. ދަމާލި ރޮނގަކުން އެތައް މިލިއަނަކުން ފައިސާ ނެގޭނެ ވިސްނުން ހުރި މޭޔަރަކަށްވީ މުޢިއްޒެވެ.

    ޚާއްޞަކޮށް މާލެ ޞަރަހައްދުގެ ބިމަކީ ރަނެވެ. ތިލަފަޅަށް ވެލިއަޅާ ހިއްކާ ލުމުން އެއީ ދައުލަތަށް ފައިސާ ހޯދޭނެ އެންމެ ކުރުމަގެވެ. ހިއްކާ ބިމުން ދިގުމުއްދަތަށް ޖާގަ ދޭން ސަރުކާރުން އެއްބަސް ވީމާ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުގެ އޯނަރުވެސް އުފަލުން ހޭނެތިގެން ހުރެ ބިން ހިއްކައިދޭން އެއްބަސްވާނެ ދުނިޔޭގެ އެއްތަނަކީ މާލެ ސަރަހައްދެވެ. މުޅިބިން ހިއްކައިދިނުމުގެ އަގަށް އެބިމުން ބައެއް ޑްރެޖަރުގެ އޯނަރަށް ދިގު މުއްދަތަށް ދިނީމާ ފައިސާ އޮހޭނެކަން އޭނާއަށް އެނގޭނެއެވެ. 

    ބަލަން ތިބޭށެވެ. އަތުން ބޮޑުލާރިއެއް ނުދީ އެބޮޑު ފުށިދިއްގަރުފަޅު މުއިއްޒު ހިއްކާނީ މިބުނި މޮޑެލް އަށެވެ. އެއީ ދައުލަތަށް ގާތްގަނޑަކަށް ހިލޭ ލިބޭ ފިސާރި ބޮޑު ބިމަކަށް ވާނެއެވެ. އެތަނުގެ ބީޗް ފްރަންޓް ހުރިހާ ބިމެއް ބޮޑުއަގުގައި ވިއްކަން ފެށީމާ ސަރުކާރަށް ފައިސާ އޮހެން ފަށާނެއެވެ. ވިއްކާބިން ނުލާވެސް ރައްޔިތުންނަށް ގޯތި ދޭނެ ބިން ރަށުތެރޭގައި ކިތަންމެ ވަރަކަށް ވެސް އޮންނާނެއެވެ.

    ވެލާނާ އެއަރޕޯރޓްގެ އާޓަރމިނަލްގައި މިހާރު ނުނިމިހުރި މަސައްކަތް ވީހާ އަވަހަށް ނިންމަން މުއިއްޒު އަމާޒު އެހިފަނީ ރަނގަޅަށް ހިސާބު ޖަހައިގެންނެވެ. އެޓަރމިނަލް ނިންމާ ފުށިދިއްގަރުފަޅު ހިއްކީމާ ހާސްކަމެއް ނެތް އާމްދަނީ ދައުލަތަށް ލިބެން މާގިނަ ދުވަހެއް ނުނަގާނެއެވެ.

    ވެރިކަމަށް އަންނާނެ މަގުވެސް މުއިއްޒަށް ފެނުނީ އެހެންމީހުންނަށް ނުފެންނަ ކިތަންމެ އެންގަލް އަކުންނެވެ. ހަމަ އެގޮތަށް ފައިސާ ހޯދަން ވެސް، އެހެން މީހުންނަށް ނުފެނުނު ކިތަންމެ މަގެއް ރައީސް ޑރ. މުހަންމަދު މުޢިއްޒަށް ފެނިވަޑައިގަންނަވައެވެ. ނިންމާލަމުން ބަހުރުވަ މާތްކޮށްލީ ހަމަ ގަސްތުގައެވެ.

    ]]>
    Mon, 13 Nov 2023 12:04:24 +0500 ހީރަސްނިއުސް
    މުއިއްޒު އަޒުލްކޮށް ނަޝީދު ވެރިކަމަށް https://heerasnews.com/1988 https://heerasnews.com/1988 ގަދަފައި ވިއްދަވައިގެން ޑރ. މުއިއްޒު ރިޔާސީ ހުވާކުރައްވާ މަޖިލީހުގެ ރިޔާސަތުގައި ކުރީގެ ރައީސް ނަޝީދު ކޮންމެހެން އިންނަވަން އުޅުއްވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. މަޖިލީހުގެ ރައީސްކަމުގައި އެވަގުތަކު ހުންނަވާ ބޭފުޅަކު އެޖަލްސާގެ ރިޔާސަތުގައި އިންނެވުމުން އައު ރައީސް ކުރައްވާ ހުވާ ސައްހަވާނެއެވެ. ރާއްޖޭގެ ރައީސްކަން ކުރެއްވުމާ ހަވާލުވެ ވަޑައިގަންނަވާ ބޭފުޅުން ރައީސްކަމުގެ ހުވާ ކުރައްވަން ޖެހި ވަޑައިގަންނަވަނީ ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި އެމަނިކުފާނުގެ ކުރިފުޅު މަތީގައި ކަމަކަށް ނޯވެއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީސްގެ ރައީސްކަމަކީ ހަމައެކަނި ރައީސް ނަޝީދަށް ހާއްސަކުރެވިފައި އޮތް ކަމެއް ކަމަށް ބަޔާން ވެފައެއް ނެތެވެ.

    އެހެން ނަމަވެސް އެވަރަކުން އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވަން  އެ އުޅުއްވަނީ ސަމާސާއަކަށް ނޫނެވެ. އެކަމުގެ ފަހަތުގައި ވަރަށް ބޮޑެތި ސިއްރުތަކެއް އެބަ އޮތެވެ. ވާން މި އުޅެނީ ކީއްކަން ވިސްނާ ފިކުރުކުރާ ބަޔަކަށް ފަހުމްވުން ގާތެވެ. ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ބަސްފުޅުތަކާއި ވިސްނުން ގެންގުޅުއްވާ ގޮތަށް ނަޒަރު ހިންގާލައިފިނަމަ ބޮޑު މަންޒަރު ސާފުވާނެއެވެ. 

    ރައީސް ނަޝީދަކީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް ވެރިކަން ނޫން އެހެން ކަމެއް ބޭނުންފުޅު ބޭފުޅެއް ނޫނެވެ. ނަޝީދު ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ވެރިކަމަށް ވަޑައިގެންނެވެން އެވަގުތަކަށް އޮތްކަމަށް ފެނިވަޑައިގަންނަވާ އެންމެ ފަހި ގޮތަކަށެވެ. ރައްޔިތުންގެ ވޯޓަކުން ރާއްޖޭގެ ވެރިކަން ދެން ނަޝީދަށް ނުހޯއްދެވޭނެ ކަން އެމަނިކުފާނު  ދެނެވަޑައިގަންނަވައެވެ. ބަރުލަމާނީގެ ވާހަކަ ހުއްޓަވާ ނުލައްވާ ދައްކަވަނީ ވެސް ބޮޑުވަޒީރު ކަމުގެ ހުވަފެންފުޅުގައެވެ. 

    މިހާތަނަށް ކުރެއްވި އެއްވެސް ކަމަކުން ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެ ގޮތަކަށް ކަން ފައްސެއް ނުވިއެވެ. އިންތިހާބަކުން ރައީސްކަން ލިބިވަޑައިގަންނަވާކަށް ވެސް ނެތެވެ. ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ނުލެއްވިގެން ބޮޑު ވަޒީރުކަން ކުރެއްވޭކަށް ނެތެވެ. އެކަމަކު ވަގުތީ ގޮތުން ރައީސްކަން ލިބިވަޑައިގަންނަވާ ހަނި މަގެއް ނަޝީދަށް ފެނި ވަޑައިގަންނަވައެވެ. އެމަގު ހޯއްދެވެން އޮތީ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެންނެވެ. 

    ހެދުނު އެއްޗެއް ހައްދަވައިގެން އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަނުދެއްވާ ހިފަހައްޓަވާނެއެވެ. އެކަމަކު ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުވާނެއެވެ. އޭގެފަހުން ޖަލްސާ ކުރިއަށް ގެންދެވޭނެ ހުރިހާ މަގެއް އެކި ހުއްޖަތް ހޯއްދަވައިގެން ބަންދު ކުރައްވާނެއެވެ. 17 ނޮވެންބަރ ގައި އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާ ބޭއްވޭއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރު އޮންނާނީ މަޖިލީހުގެ ތަޅުމަށް ހުށައެޅި ގޮތް ނުނިމިއެވެ. ހުވާ ކުރައްވާ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ އިތުބާރުނެތް ކަމަށް ހުށަހެޅިފައިވާ ރައީސެވެ. 

    އިންތިހާބީ ރައީސް ހުވާކުރާ ޖަލްސާ ސައްހަ ވާނެކަމަށް ސްޕްރީމް ކޯޓުން ނިންމި ހާލަތަކީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް މަޖިލީހުގެ ތަޅުމަށް  ހުށަހެޅިފައި ނެތް ހާލަތެއްގައެވެ. އިންތިހާބީ ރައީސް ހުވާ ކުރައްވާއިރު މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވާނީ އެހާލަތުގައި ރިޔާސަތުގައި އިނދެވިގެން ނުވާނެ ރައީސެއްކަން އެނގިވަޑައިގެން ހުންނަވާ ގަސްދުގައެވެ. ގާނޫނީ މައްސަލަ ގަނޑެއްގެ ތެރެއަށް އެކަން ވައްޓަވާލެއްވުމުގެ ބޭނުމުގައެވެ. 

    އިންތިހާބީ ރައީސް 17 ނޮވެންބަރގައި ހުވާ ކުރެއްވުމުން ރައީސް ނަޝީދަށް ކުޅިފަސް ލިބިވަޑައިގަންނަވާތަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވައެވެ. އެމްޑީޕީގެ އާއްމު މެންބަރުކަން ފިޔަވާ އިސް ލީޑަރުކަމާއި އެމްޑީޕީގެ ހުރިހާ ބާރަކާއި ހައިސިއްޔަތެއް ރައީސް ސޯލިހަށް ގެއްލި ވަޑައިގަންނަވާނެއެވެ. ރައީސް ސޯލިހަށް އެމްޑީޕީގެ ލީޑަރޝިޕް ގެއްލި ވަޑައިގަތުމާއެކު ރައީސް ނަޝީދު އެމްޑީޕީއަށް ސޮއިކުރައްވާ އެމްޑީޕީއާ އަލުން ގުޅި ވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދު އެމްޑީޕިޢާ ގުޅިވަޑައިގަތުމާއެކު ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުކަން އޮޓަމެޓިކުން ލިބިވަޑައިގަންނަވާނެއެވެ. އެއާއެކު ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ލިބި ވަޑައިގަންނަވާނެއެވެ. އޭރުން އެމްޑީޕީގެ ލީޑަރޝިޕްގެ އެންމެ ފުނަށް ރައީސް ނަޝީދަށް ވެންނެވުނީއެވެ. ހަމަ އެންމެ ސޮޔެއް ކޮށްލައްވައިގެނެވެ. އެ ހިސާބުން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގުވާ ރަނގަޅު ސައްހަ ރައީސެއްގެ ގޮތުގައި މަޖިލީހުގައި އިންނެވޭނެއެވެ. 

    އެމްޑީޕީގައި އިސްލީޑަރ ނެތުމާ ރައީސްއާއި ނައިބު ރައީސް މަގާމު ހުސްކޮށް އޮތުމުން އެމްޑީޕީގެ ރައީސްކަމަށް އެނބުރި ވަޑައިގަތުމަކީ ރައީސް ނަޝީދަށް ދަތިފުޅު ކަމަކަށް އޭރަކުން ނުވާނެއެވެ. ދަ ޑިމޮކްރެޓްސްގެ އިސް މަގާމަކަށް ވާދަ ކުރައްވަން ނޫޅުއްވާ އެ ހުންނަވަނީ އެ ދުވަހަށަޓަކައެވެ. 

    ރައީސް މުއިއްޒު ރައީސް ކަމާ ހަވާލުވެ ވަޑައިގެން ކެބިނެޓް އެކުލަވާލާ ކެބިނެޓަށް ރުހުން ދޭ ހިސާބަށް ދާންވާއިރަށް ނަޝީދު އެމްޑީޕީއަށް ވަންނަވާ އިތުބާރު ނެތްކަމުގެ ގަރާރު އަނބުރާ ގެންދަވާ ނިންމެވުމަކީ އަމާޒެވެ. ކަންކަން އެހާ ހިސާބަށް ދާއިރު ޕިޕީއެމް-ޕީއެންސީގެ މަޖިލިސް މެންބަރުންގެތެރެއިން ހައެއްކަ މެންބަރުން މުއިއްޒުގެ ކެބިނެޓްގައި ހިމެނި ވަޑައިގަތުމުން މަޖިލީހުގައި ޕީޕީއެމް - ޕީއެންސީގެ އަޑު އޮންނާނީ މުޅިން ކެނޑިފައެވެ. މަޖިލީހުގައި އޮންނާނީ އެމްޑީޕީއާއި ދަ ޑިމޮކްރޭޓްގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެކެވެ. 

    އެމްޑީޕީއާއި ދަ ޑިމޮކްރޭޓްސްގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން އަމާޒު ހިފާނީ ގައިރު ގާނޫނީ ޖަލްސާއެއްގައި ހުވާކުރައްވައިގެން ހުންނެވި ރައީސަކަށްވާތީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގާ ރައީސް މުއިއްޒާއި ހުސައިން މުހައްމަދު ލަތީފް އަޒުލްކޮށް މަޖިލިސްގެ ރައީސް ނަޝީދު ވެރިކަމާ ހަވާލުވުމަށެވެ.

    ]]>
    Fri, 10 Nov 2023 12:14:15 +0500 ހީރަސްނިއުސް
    ހުރިހާ ކަމެއް އެނގޭ & އިންޑިއާ ސިފައިން ތިބިކަމެއް ނޭނގޭ https://heerasnews.com/1982 https://heerasnews.com/1982 ކެމްޕޭން ކުރިއިރު ސަރުކާރުގެ ވެރިންގެ އެތަން މިތަނުގައި ހުރި ކަޅުތިލައިގެ އަދަދު ވެސް އިދިކޮޅަށް އެނގެއެވެ. އަމުދުން އިންޑިއާ ސިފައިން ގިނަ ކަމުން ހިނގައި ގަނެވޭ ކަމަކަށް ވެސް ނުވެއެވެ. އެއިގެން މީހަކު ރައްޔިތެެއްގެ ލޮލަށް ނުފެނުނަސް އިދިކޮޅު މީހުންނަށް އިންޑިއާ ސިފައިންގެ މީހަކު ނޫން އިންސިއެއް ރާއްޖޭގެ ރަށަކުން ފެންނަ ކަމަކަށް ނުވެއެވެ. ދޮގު ހެދި ހެދީނުން އެދޮގު އެއީ އެންމެ ބޮޑު ތެދުކަމަށް ހީކޮށް ދުނިޔޭގެ އެންމެ ހުޝިޔާރު ހޭލުންތެރިން ކަމަށް ބުނާ ދިވެހިން ވާވަނީ އަމަށަކު ވަރަކަށް ނޫނެވެ. އިންޑިއާ ސިފައިން ބާލަން ވޯޓު އަޅާ މުއިއްޒު ހޮވައިފިއެވެ. 

    ހޮވުމާއެކު ވެރިކަން ބަދަލުވުމުގެ ގާނޫނީ މަރުަހަލާ ފެށި ގާނޫނުގެ ބާރުލިބިގެން މުއިއްޒުގެ އިންތިގާލީ އޮފީހުން މައުލޫމާތު ސާފު ކުރަން ފަށައިފިއެވެ. އެއަރޕޯރޓަށް ފައިސާ ލިބުނު ގޮތްވެސް އަދުރޭ އެބަ ކިޔައިދެއެވެ. އިންތިގާލީ ރަސްމީ މަސައްކަތް ނިމޭ އިރުވެސް އިންޑިއާ ސިފައިން ތިބި ޢަދަދު މުއިއްޒުގެ އިންތިގާލީ އޮފީހަށް އެނގޭ ކަމަކަށް ނުހެދިއެވެ.

    ބުނެބަލާށެވެ. އަދަދު ނޭނގިގެން ތިޔަ އުޅެނީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތީމާ ދޮތައެވެ؟ ނޫނީ ގިނަވެ ތޮއްޖެހި ގަނޑުވެ އެކެއް އަނެކަކާ ވަކިނުވެ ނުގުނޭ ވަރަށް ގަނޑު ބޮޑީ ހެއްޔެވެ. ތިޔަ ވެގެން އުޅެނީ އެހެން ގޮތެކެވެ. ތިޔަ ޖަހަން އުޅެނީ އެހެން ޗައްކަރެކެވެ. ނޭނގެ އޭ، ސާފެއް ނުވެއޭ ކިޔަމުން ގޮސް ހުވާ ކޮށްފާ، ޔާމީނު ވެރިކަމުގައި ގެނައި ހެލިކޮޕްޓަރާ ޑޯނިއާ ބާއްވައިގެން އިންޑިއާ ސިފައިން ލައިގެން ވެރިކަން ކޮށް، އިންޑިއާ އިން ފައިސާ ހޯދާނީ ހެއްޔެވެ؟

    ]]>
    Thu, 09 Nov 2023 13:15:56 +0500 ހީރަސްނިއުސް
    ކޯޓު ހުކުން ހަރާން & ކަރެކްޝަން އަމުރު ހަލާލް https://heerasnews.com/1970 https://heerasnews.com/1970 ވ. އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ ރިޝްވަތު ހިފުމާއި މަނީ ލޯންޑް ކުރުމުގެ ދައުވާއެވެ. އުފުލުނު ދެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހިންގީ ދިފާއުވުމުގެ ފުރުސަތު ތައްމިނަށް ހުޅުވާލައިގެނެވެ.

    ބޮޑުވެގެންވާ ދިފާއީ ވަކީލުންގެ ޓީމަކުން ޔާމީނުގެ ދިފާއުގައި ވަކާލާތު ކުރިއެވެ. އެކަށީގެންވާ ވަގުތު ދީގެން ކުރެވުނު ޝަރީއަތުގައި ދިފާއީ ވަކީލުންނަށް ޔާމީނު ދިފާއު ކޮށެއް ނުދެވުނެވެ. ޝަރީއަތް ނިމުނީ ޔާމީނުގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމަކުންނެވެ.

    ހުކުންކުރި ގާޒީ ކުރި ހުކުމުގެ އަޑު ކަނޑައިގެން ނުގޮސް ގާޒީގެ އަނގައިގާ ހުކުމުގެ އެއްބުރި އޮއްވާ ޕްރޮގްރެސިވް ކޯލިޝަނުން ހުކުން ހަރާން ކުރިއެވެ. ވ. އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ ހަރާން ހުކުމެއް ކަމަށް އެންމެ ފުރަތަމަ ބުނީ ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުރި އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ)އެވެ. އެ ހިސާބުން ހަރާމް ހުކުމުގެ އަޑު ވައިގާ ހިފިއެވެ. 

    ޕީޕީއެމް - ޕީއެންސީ މީހުންނާއި އެ މީހުނަށް ތާއީދުކުރާ މީހުނަށް ހުކުން ހަރާންވެ ޔާމީނު ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖު ކުރަން ފެށިއެވެ. ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ހިންގި އެއް ޝިއާރަކީ ވެސް ހަރާން ހުކުމެވެ.

    ކޯޓުން ކުރި ޝަރުއީ ހުކުމަކީ އަދުރޭމެންނަށް ބަލައިގަނެވުނު އެއްޗަކަށް ނުވިއެވެ. ޔާމީނު ޖަލުގައި ހުންނަ ހުރުމަކީ ވެސް ބޭއިންސާފެއް ކަމަށާއި އަނިޔާއެއް ކަމަށް އަދުރޭމެން ދެކި އެ ގޮތަށް ސަޕޯޓަރުންނަށް ގަބޫލުކޮށްދިނެވެ.

    އެހެން ނަމަވެސް ޕީއެންސީ ވެރިކަމަށް އިންތިހާބު ވުމާއެކު ޔާމީނު ދޫކޮށްލަން ގޮވާލާ މަގުމަށްޗަށް ނުނިކުތުމަށް އިންތިހާބީ ރައީސް ސަޕޯޓަރުނަށް އަމުރު ކުރިއެވެ.

    ރިޔާސީ އިންތިހާބު ނިމުމާއެކު ރައީސަށް ލިބިދޭ ކްލަމެންސީ އިހުތިޔާރުގެ ދަށުން ޔާމީނަށް އަދަބު ލުއިކޮށް ދެއްވާ ގެއަށް ބަދަލު ކުރެއްވިއެވެ. އޭގެފަހުން ޝަރުތު ތަކަކާއެކު ޔާމީނު ރަށު ބަންދަށް ދޫކޮށް ދެއްވިއެވެ. ރަށު ބަންދަށް ޔާމީނު ދޫކޮށް ދެއްވީ ސިޔާސީ ހަރަކާތް ތަކުގައި ބައިވެރި ނުވުމަށް ޝަރުތު ކޮށްފައެވެ.

    އެހެނަސް ރަށު ބަންދުގައި ހުރެ ޔާމީނު ސިޔާސި ހަރަކާތް ހިންގާތީ ކަރެކްޝަނުން އެކަން ނުކުރުމަށް ނަސޭހަތްދި އިންޒާރު ކުރިއެވެ. ޔާމީނަށް އިންޒާރުކޮށް ސިޔާސީ ކަންކަން ނުކުރުމަށް ސަރުކާރުން އެންގި އިރު ޔާމީނަށް ކޯޓުން ކުރި ހުކުން ހަރާން ވެގެން އުޅުނު ޕްރޮގްރެސިވް ކޯލިޝަން އޮތީ ހަނެވެ. އަޅާކަހާވެސް ނުލައެވެ.

    ޖަލުތަކާއި ޕެރޯލުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރި ކަމަކަށް ވެގެން އެކަމާ އެއްޗެއް ބުނުމަކީ އެކޯލިޝަނުން ކުރަންޖެހޭ ކަމަކަށް އަދުރޭއަކަށް ނުވިއެވެ. "އެ ބޭފުޅުން އެ ނެރުއްވި ބަޔާން ނެރުއްވާފައި އޮތީ ގާނޫނަކާ ހަވާލާދެއްވާފައި. އެހެންވީމަ އެޔަށް ދެން ކޮންމެހެން ޕާޓީން އެއްޗެއް ބުނުމަކީ އެހާ މުނާސަބު ކަމެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" އަދުރޭ ބުންޏެވެ

    ވެރިކަމުގެ ބާރު އަތަށް އަރާގޮތް ވުމުން މީހުނަށް ވާގޮތް ދެކެބަލާށެވެ. ޔާމީނަށް ކޯޓުން ކުރި ހުކުން ހަރާންވި އަދުރޭމެނަށް ކްލަމެންސީ ގާނޫނުގެ ދަށުން ކަރެކްޝަނުން ޔާމީނަށް ކުރި އަމުރު ހަލާލުވީއެވެ.

    ]]>
    Fri, 03 Nov 2023 21:37:12 +0500 ހީރަސްނިއުސް
    ރައީސް ޔާމީނު ނުކުޅޭ ބަތްކައްކާ! https://heerasnews.com/1966 https://heerasnews.com/1966 "ރައީސް ޔާމީނު ބަތް ކައްކާ ނުކުޅޭނެ" ކަން ދިވެހިން ދަނެއެވެ. ވެރިކަމުގެ ހިޔަންޏަށްވެސް މީހަކު އަޔަނުދިނުމަށް ގައުމުގައި ނެތް ކުއްލި ނުރައްކަލުގެ ހާލަތެއް އުފަންކޮށް ގާނޫނުތައް ސަސްޕެންޑް ކޮށް ވާދަވެރިން ޖަލަށް އަޅާލީ ބަތްކައްކާ ނުކުޅޭތީއެވެ. ރައްޔިތުންގެ މަޖިލީހަށް ހާލަތުއްޒަރޫރާ ގެނެސްގެން ކެޔޮޅަކު ދަހިކޮށް ރާގޮނޑި ބާނާހެން މެންބަރުންތަކެއް ފާރުމަތިން އުކާލާ ގޮނޑި ގެއްލުވާލީ ބަތްކައްކާ ނުކުޅެއެވެ. ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ބަނޑު ބިންމަތީގައި ޖައްސާ ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލި ފޮނުވާލުމަކީ ވެސް ކުޅުނު ބަތްކައްކާ ކުޅުމެއް ނޫނެވެ. ތިމާއަށް ގޮތްފޮތް ހޯދާދިން އެއްބަފާ ބޭބެ (ރައީސް މައުމޫނު) އުމުރުފުޅުން އަށްޑިހަ އަހަރަށްވުރެ މަތިވީ ފަހުން ހައްގަކާނުލާ ޖަލު އަނިޔާގައި އެ ފަކީރުގެ ދުވަސް ދުއްވާލުމަކީ ކުޅުނު ބަތްކައްކާ ކުޅުމެއް ނޫނެވެ.

    މޭޑޭ މުޒާހަރާގެ ނަމުގައި ގ. ކީމާ އަބްދުއްލާ ރަޝީދު ހައްޔަރުކޮށް އެތައް ދުވަހެއް ވުމުން ދޫކޮށްލާދޭން އެދުނު އޭނާގެ ދަރިފުޅު ގާތުގައި "ބައްޕަ ބަސް އަހާނެހޭ" ރައީސް ޔާމީނު އެހިތާ ގިނަ ދުވަހެއް ނުވެ ޖަލު އަނިޔާގައި އަބްދުއްލާ ރަޝީދު މަރުވެ ދިޔައީ ރައީސް ޔާމީނު ބަތްކައްކާ ކުޅެގެނެއް ނޫނެވެ. ޓީޝާޓްގެ އޮޅުމުގައި ވަޅިޖަހާ މީހުންމަރާ ވަރަށް ގައުމުގެ އަމާންކަން ގެއްލުނީ ރައީސް ޔާމީނު ބަތްކައްކާ ނުކުޅޭތީއެވެ. އާރާ ބާރުގައި ވެރިކަމުގައިހުރެ ޕޮލިސް އިންޓަލިޖެންސް ރިޕޯޓް ނުލިބި ހަމަސް ވީއިރުވެސް ނޭނގުނީ ބަތްކައްކާ ނުކުޅެވޭތީއެވެ.

    ރައީސް ޔާމީން ބުނާގޮތުން އޭނާއަށް ހިޔަނިވެސް ވެނުލާ ބަޔަކު މީހުން ރަށްތަކާ ފަޅުތަކާ ފަރުތަކާ ވިއްކާ ދައުލަތް ދަވާލާ ކައިހުސްކޮށް ހުސްތޮށިގަނޑަށް ހަދާލެވުނީ ރައީސް ޔާމީނު ބަތްކައްކާ ނުކުޅޭތީއެވެ. ބޭންކު ތަކުގައި ރައީސް ޔާމީނުގެ އަމިއްލަ ނަމުގައި އެކައުންޓްތައް ރައީސް ޔާމީނަށް ނޭނގި ހުޅުވި އެ އެކައުންޓް ތަކަށް މިލިޔަން މިލިއަނުން ނޭނގި ޑޮލަރު ވަންނާނީ ބަތްކައްކާ ނުކުޅެވޭތީއެވެ. އާނއެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީވެސް ރައީސް ޔާމީނު ކުޅުނު ބަތްކާ ކުޅުމެއް ނޫނެވެ.

    ކުލަ ކުލައިގެ އެއްބަސްވުންތައް ހަދައިގެން "އިންޑިއާ އިން" ކޮށްފާ ވެރިކަން ގެއްލުމުން "އިންޑިއާ އައުޓް" ޖެއްސީ ބަތްކައްކާ ނުކުޅޭތީއެވެ. ޗާގޯސް ކަނޑު ހޯދަން ލިބުނު ވަގުތު މޮރިޝަސްއަށް ކަނޑު ދޫކޮށްލައިގެން ވެރިކަމުގައި ނިދާފާ އޮވެ ވެރިކަން ގެއްލުމުން ގެއްލުނު ކަނޑު ހޯދަން ފުންމައިގަތީ ބަތްކައްކާ ނުކުޅެވޭތީއެވެ. ދެ އަކުރުގެ އޮޅުމަކުން ވޮޑުމުލާ ހުކުމުން ނެއްޓި ޔޫސުފް ނައީމްޖެހި މަޅީގައި ބެނދެވިގެން ޖަލަށް ދާންޖެހުނީ ބަތްކައްކާ ނުކުޅެވޭތީއެވެ. ބަތްކައްކާ ނުކުޅެޥޭ ފުށްގިރި ކަންތަކުގެ ހާލެއް ނޭގެއެވެ.

    2023ގެ ރިޔާސީ ޓީކެޓްގައި ބަގުޑި ބައްދައިގެން ޖަލުގައި އޮއްވާ މިނިކާ ބާޒެއް ޓިކެޓް ޖަހައިގަތީ ވެސް ބަތްކައްކާ ނުކުޅެވޭތީއެވެ. ގެއްލުނު ކަނޑު ހޯދުމާ އިންޑިއާ އައުޓް ކުރުމާ ރައީސް ޔާމީނު މިނިވަން ކުރުމުގެ ޓެސްޓުން މުއިއްޒު ފާސްނުވާނެ ވާހަކަ ބުނީ ކާކުކަން ނޭނގުނަސް އެ ތިންކަމުން މުއިއްޒު ފޭލިވާނެކަން ރައީސް ޔާމީނަށް އެނގެނީ ރައީސް ޔާމީނު ބަތްކައްކާ ނުކުޅޭތީކަން އެނގެއެވެ. ޔާމީނު މުއިއްޒަށް ދިން ތިން ޓެސްޓުން މުއިއްޒު ފާސްނުވާނެއޭ ބުނީ ކާކުކަން އެންމެންނަށް އެނގެނީ ރައީސް ޔާމީނު ބަތްކައްކާ ނުކުޅޭތީއެވެ. ބަތްކައްކާ ނުކުޅޭ ޔާމީނަށް "އިންޑިއާ އިން" ޖެހި ޓީޝާޓް ލައިގެން މުއިއްޒާ ދެކޮޅަށް މަގަށް ނިކުމެވޭނީ ޖަލުން ނިކުމެވިގެންތާއެވެ. 

    ]]>
    Thu, 02 Nov 2023 12:48:00 +0500 ހީރަސްނިއުސް
    ފުށިދިއްގަރުފަޅު! މުއިއްޒުގެ 2 ވަނަ ދައުރު! https://heerasnews.com/1965 https://heerasnews.com/1965 ފޭސް 2 ގައި 25 ބުރީގެ ޓަވަރުތަކެއް އެޅުމަށްފަހު ރާއްޖޭގެ އެތަންމިތަނުގައި ތިބި މީހުންނަށް ފްލެޓް ބަހާލުމުގެ ސިޔާސީ ފައިދާ ޕީޕީއެމް - ޕީއެންސީއަށް ކިތަންމެހާ ވެސް ބޮޑެވެ. ދުވަހަކު މާލޭގެ އަޣުލަބިއްޔަތު ނުލިބޭ ބަޔަކަށް މިހާރު މާލެ ހިތަކަށް ލިބިއްޖެއެވެ. ހިޔާ ފްލެޓަށް ކުއްލިއަކަށް އިތުރުވި 30 / 40 ހާސް މީހުން އެތިބީ އެ މީހުން މާލޭން ވަންނާނެ ކޮތަރު ކޮއްޓެކޭ ކިޔެއް ކަމަކު އެތަން ދިންމީހުންނަށް މަރުދީދީއެވެ.

    އޭގެ ފަހުން އައީ އެމްޑީޕީގެ ވެރިކަމެވެ. ޖަޒީރާ ރާއްޖެއޭ ކިޔާފައި ދުވަހަކު ނުކުރާވަރުގެ ތަރައްގީ އަތޮޅު ތެރެއަށް ގެނެސްދީ މަޝްރޫޢުތައް އޮއްސާލީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލައެވެ. ހުރިހާ ރަށެއްގެ ބަނދަރާ ފެނާ ނަރުދަމާއެވެ. ކަރަންޓާ ދަތުރުފަތުރާ އެއަރޕޯރޓް ތަކެވެ. މަގުތަކުގައި ތާރެވެ. ރާއްޖޭގެ އުތުރާ ދެކުނުގައި އަގުހެޔޮ އަރާމު އާރުޓީއެލްގެ ދަތުރުފަތުރުގެ ނިޒާމެވެ.

    މިކަން ކަމުގެ މައްޗަށް ބުރަވެ 2023ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެމްޑީޕީ ލަފާކޮށްގެން ތިބީ އެއްބުރުން، މާމަތިންނެވެ. ފުރަތަމަ ބުރު ވޯޓް ގުނިއިރު ކަމަކުދާކަށް ނެތެވެ. ރައީސް ޞޯލިޙް ރަނގަޅަކަސް ނަތީޖާ ވަރަށް ގޯހެވެ. ހޭވެރިކަން ވެގެން ދެވަނަ ބުރުގަައި ތެޅިމަރުވި އިރުވެސް ވެރިކަން ލޮންދާލައިގެން ގޮސް ހިޔާފްލެޓްގެ މޭސްތިރިޔާ ޑރ. މުއިއްޒުގެ އުނގަށް ވެއްޓިއްޖެއެވެ.

    ރަށުވޯޓަކީ އަބަދުވެސް މާލޭގައި ދިރިއުޅޭ ރަށުމީހުންނާ ގުޅިފައި އޮންނަ އެއްޗެކެވެ. މިފަހަރު އަދި މާތަފާތެވެ. މިފަހަރު މާލޭގައި އުޅޭ ރަށުމީހުންނަކީ މުއިއްޒުގެ ހިޔާފްލެޓުން މާލޭގައި ދިރިއުޅޭ މާލޭމީހުންގެ ތެރެއަށް ކުއްލިއަކަށް އިތުރުވި އެތައް ހާސް ބައެކެވެ. މިދެންނެވި އެތައް ހާހަކާ ގުޅިފައި އޮތީ ރަށްތަކުގައި އުޅޭ ބާކީ ތިބި އެތައް ހާހެކެވެ. ނަތީޖާ އައިއިރު ރަށްތަކުން ވެސް އަދި މާލޭން ވެސް މުއިއްޒު މޮޅުވީއެވެ.

    ބުނަން ހެއްޔެވެ؟ މިހާރު އެންމެން ވެސް ބޭނުންވަނީ މާލެސަރަހައްދުން ގޯތި ލިބިގެން މާލޭގައި ދިރިއުޅޭ މާލޭ މީހުންނަށް ވާށެވެ. އެއަރޕޯރޓުން ރަށަށް ޖައްސާލާ، އާރުޓީއެލްގައި ވައިކަފާލާ ތާރުއެޅި މަގުގައި ދުއްވާލާ ކަރަންޓާ ފެނާ ނަރުދަމާގައި ބަކައަޅަން ބޭނުމީ ޗުއްޓީއަށް ރަށަށް ގޮސްލާ ފަހަރު ތަކުގައެވެ. އެހެންނޫނީ ރަށުގައި ހުރި ގެއަކީ ކުއްޔަށްދޭ ތަނެކެވެ. ހުރިޙާ  ދިވެހިން ވެސް މިހާރު ވާން ބޭނުމީ މާލޭ މީހުންނަށެވެ.

    ދެން މި އިވެނީ ފުށިދިއްގަރުފަޅުގެ ވާހަކައެވެ. އެއީ ރާއްޖޭގައި ފެނުން މައްޗަށް އުފުލޭނެ އެންމެ ބޮޑު އެއް ބިމެވެ. އެތަނުގެ ހުރިހާ ބީޗް ފްރަންޓް ފަތުރުވެރިކަމަށް ހަދާ، ބާކީ ބައިގާ ދިވެހިން ވަޒަންވެރި ކުރުވައިފިއްޔާ ޑރ. މުއިއްޒު ދެވަނަ ދައުރަށް ނުހޮވޭނެ އެއްގޮތެއްވެސް ނެތެވެ.

    2028 ގައި ރައީސް ޔާމީނު ހުންނަވާނީ އުމުރުން 70 އަށް ފައިނަންގަވައިގެންނެވެ. ވީމާ އެއީ މާޒީއެވެ.

    ]]>
    Thu, 02 Nov 2023 11:03:16 +0500 ހީރަސްނިއުސް
    އީވާއަށް މަޖިލިސް: މަރުވިއްޔާ ޝަރަފުގާ މަރުވާނަން https://heerasnews.com/1963 https://heerasnews.com/1963 ގައުމަށްވުރެ ވަކި މީހަކު ބޮޑުނުވާނެ ކަމަށް ކިޔާއަޑު އަހަމެވެ. ވަކިމީހެއްގެ ގަޔަށް ހެޔޮވަރަށް ފަހަފާ އޮންނަ ކޯޓަކަށް ވަކި މުއައްސަސާއެއް ވެސް ދައުލަތުގެ ބާރެއްވެސް ނުވާނެ ކަމަށް ބުނެއުޅެއެވެ. ދައުލަތުގެ ކަންކަން ކުރަން އެކަކު ނެތިއްޔާ އަނެކަކު ހުންނާނެ ކަމަށް ވެސް ގަބޫލު ކުރެވުނެވެ. އެކަމަކު އެކަން އޮންނަނީ އެހެން ނޫންކަން ރައްޔިތުންގެ މަޖިލީހަށް މިހާރު މިވާ ގޮތުން ކަށަވަރު ވެއްޖެއެވެ. 

    ނަސީބު ދިމާކުރި ގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަމަށް ދެބެންގެ ދެބެން އިންތިހާބުވެފައި ތިބީއެވެ. މަސްލަހަތު ފުށުއެރުމާ ނެތުމަކީ އެހެން ކަމެކެވެ. އެ ދެމީހުން އެތާ އަރާ ތިބެނީ އަމިއްލައަކަށް ނޫނެވެ. ބަޔަކު މީހުން އަރުވާފައި ތިބީމައެވެ. އެކަމުގާ މައްސަލައެއް ނެތެވެ. 

    މައްސަލަ ޖެހެނީ އީވާއަށް ވާހާގޮތެއް މަޖިލީހަށް ވާންޖެހޭ ހިސާބަށް ކަންކަން ދިޔައިމައެވެ. އީވާ ބޭރަށް ހިންގަން ފަށާއިރަށް މަޖިލިސް ބޭރަށް ހިންގަން ފަށާތީއެވެ. އީވާ ޑެންގޫއަށް ފައްސި ވާއިރަށް މަޖިލިސް ޑެންގޫއަށް ފައްސި ވާތިއެވެ. އެހާވަރުން ދަންޏާ އީވާ މަރުވެއްޖެއްޔާ މަޖިލިސް ވެސް ވާނީ މަރެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ނައިބު ރައީސަކަށް ހުންނަ މީހަކަށް މަސްއޫލިއްޔަތު ނުއުފުލޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެ ހާލަތުގައި ކަންކުރަންވީ ގޮތް ގާނޫނު އަސާސީގައި އެބައޮތެވެ.

    މަޖިލިސްގެ ޖަލްސާ ތަކުގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ރައީސެވެ. ރައީސް ނެތިއްޔާ ނައިބު ރައީސެވެ. އެއްވެސް ސަބަކާ ހުރެ އެދެމީހުންކުރެ އެކަކަށްވެސް މަޖިލީހަށް ހާޒިރުވެ ރިޔާސަތު ބެލެހެއްޓެން ނެތް ތަން ފުރަން ބަޔަކު ކަނޑައަޅަން ގާނޫނު އަސާސީ ލާޒިމު ކުރެއެވެ. މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން ގަވައިދު ލާޒިމުކުރާ ޖަލްސާ އަކަސް އޭނާއަށް އެކަން ނުކުރެވޭ ހާލަތެއްގައި އެކަން ކުރަންޖެހޭނީ ބަދަލު ކުޅުން ތެރިންނެވެ. އެއްވެސް މީހަކަށް ލިބި އޮތް ބާރެއް ނުހަމަގޮތުގައި ބޭނުން ކުރިޔަ ނުދިނުމަށް ގާނޫނު އަސާސީގައި ގާނޫނީ ފަރުވާއެއް އެއޮތީ ހިމަނާފައެވެ. 

    ބާރު ނަހަމަ ގޮތުގައި ބޭނުން ނުކުރި ނަމަވެސް ހާލަތު ނިޔާ ކުރާ ގޮތުން ނައިބު ރައީސަށް އޭނާގެ ވާޖިބު އަދާ ކުރެވޭ ގޮތް ނުވިޔަސް މަޖިލިސް ހުއްޓުނަ ނުދިނުމަށް އޮތް ގާނޫނީ ފަރުވާއަކީ ރިޔާސަތު ބަލަހައްޓާން ކަނޑައަޅާފައި ތިބޭ މެންބަރުންނެވެ. ހައްލަކީ އެއީއެވެ. އަމްދުން މި ހާލަތުގައި މަޖިލިސް އޮއްވާ ނައިބު ރައީސް އަވަހާރަ ވެއްޖެ ނަމަ ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓު ނުނެގި މަޖިލިސް ޖެހޭނީ މަރުވާން ހެއްޔެވެ.

    ]]>
    Wed, 01 Nov 2023 16:39:00 +0500 ހީރަސްނިއުސް
    ފިލްޒާގެ ޣައިރު ޤާނޫނީ ލަފައިން މަޖިލިސް މަރުތަޅު https://heerasnews.com/1954 https://heerasnews.com/1954 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވެސް ބައްޔާލާ ހައްދަވާފައި ތިބޭ ބައެކެވެ. ހާލަތު ހުންނަ ގޮތުން މަޖިލީހަށް ހާޒިރު ނުވެވުމަކީ އައުކަމެއް ނޫނެވެ. އައުކަމަކަށް ވެގެން މިއުޅެނީ ވަކި ބޭނުމަކަށްޓަކާ ވަކި މީހަކު ހާޒިރުވެ ހުރެގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ހާޒިރުނުވުމުން އެކަމެއް ނުކުރެވުމެވެ. 

    ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ އިތުބާރުނެތްކަމަށް ހުށަހެޅިފައިވާ މައްސަލައެއްގައި އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ބާއްވާ ޖަލްސާގެ ރިޔާސަތުގައި އިންނަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަނެ އެކަމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަކޮށް ދެންޖެހޭ ރަސްމީ ބަންދު ނޫން ފުރަތަމަ ދުވަހު އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ބާއްވާ ޖަލްސާ ބާއްވަން ގަވައިދު ލާޒިމު ކުރެއެވެ. އެދުވަހު ބާއްވަން ޖެހޭ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ގަވައިދުގައި ބުނާ ނައިބު ރައީސް ސިކްލީވްގައި ހުރުމުން ޖަލްސާއަކަށް ހާޒިރެއް ނުވެވުނެވެ.

    ވަކި މީހަކު ރިޔާސަތުގައި އިނދެގެން ވަކި ދުވަހަކު ބާއްވަންޖެހޭ ޖަލްސާއެއް އެދުވަހު ނުބޭއްވުނީމާ އެނޫން ދުވަހެއްގައި އެ ޖަލްސާ ބޭއްވި ދާނެ ކަމަކަށް ގަވައިދެއް ގާނޫނެއް ނުބުނެއެވެ. އެކަމަކު ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން ޖެހޭ ޖަލްސާ އަކަށް އެއިން މީހަކު ހާޒިރު ނުވެއްޖެ ނަމަ ހަދަން ޖެހޭ ގޮތް ގާނޫނު އަސާސީގައި ބުނެއެވެ.  

    ގާނޫން އަސާސީގެ 82 ވަނަ މާއްދާގެ (ށ) އެކަމަށް ހައްލު ހޯދާ ދީފައިވެއެވެ. 82 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ " ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސެވެ. ރައީސާއި ނައިބު ރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީއެވެ". 

    "ރައީސާއި ނައިބު ރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ" ކަމަށް ބުނެފާ އޮތުމުން ރައީސާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަންޖެހޭ ވަކި ޖަލްސާއެއް އިސްތިސްނާއެއް ނުވެއެވެ. ރައީސް ރިޔާސަތު ބަލަހައްޓަން ލާޒިމުކުރާ ޖަލްސާތަކާއި ނައިބުރައީސް ރިޔާސަތު ބަލަހައްޓަން ލާޒިމު ކުރާ ޖަލްސާތަކަށް ކޮންމެ ސަބަބަކާ ހުރެ އެ މީހަކު ހާޒިރު ނުވިޔަސް ވަކި އިރަކު ވަކިބޭނުމަކަށް ބާއްވަން ލާޒިމުކުރާ ޖަލްސާތައް މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައިގެން ކުރިއަށް ގެންދަން ޖެހެއެވެ. 

    މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަނެ އެކަމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަކޮށް ދެން ޖެހޭ ރަސްމީ ބަންދު ނޫން ފުރަތަމަ ދުވަހު އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ޖަލްސާ ބާއްވަން ގަވައިދު ލާޒިމު ކުރާއިރު ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައިގެން ކުރިއަށް ގެންދެވެން އޮވެމެ އެކަން ނުކުރުމަކީ އިދާރީ މޭޒުން ކުރި ގައިރު ދުސްތޫރީ ކުށެކެވެ. 

    މައްސަލަ ބަލައިގަނެ އެކަމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަކޮށް ދެން ޖެހޭ ރަސްމީ ބަންދު ނޫން ފުރަތަމަ ދުވަހު ކުރަންޖެހޭ ކަމެއް އެދުވަހު ނުކޮށް އޭގެ ފަހުގެ ދުވަހެއްގައި ކުރުމަކީ އެކަމުގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ކުރަން އޮތް ތާރީހުގައި ނުކުރެވުމުން ދެން އެކަން ކުރަން ޖެހޭނީ ގަވައިދުގައި ނެތްކަމެއް ކުރިމަތިވުމުން ކަންކުރަން ގަވައިދުގައި ކަނޑައަޅާފައިވާ ގޮތަށެވެ. މިފަހަރު ކައުންސިލަރ ޖެނެރަލް ފިލްޒާއަށް ދެއްވުނީ ގައިރު ގަނޫނީ ލަފައެކެވެ. އެކަމުން އެޅުނީ މަޖިލީހުގައި މަރުތަޅެވެ.

    ]]>
    Mon, 30 Oct 2023 15:19:50 +0500 ހީރަސްނިއުސް
    މައިކެއް ދިއްކޮށްލާއިރަށް ގަދަބަސް ބުނުމަކީ ނުރައްކަލެއް https://heerasnews.com/1940 https://heerasnews.com/1940 މައިކެއް ދިއްކޮށްލާ އިރަށް މަތިހަށި ނެންގަކަސް ކަމަކު ނުދާނެއެވެ. އަމިއްލަ ހަލާމެދު ވިސްނާލަން ޖެހޭނެއެވެ. ރާއްޖެއަކީ އަމިއްލަ ފައިމަތީގައި ރަނގަޅަށް ހިނގައި ނުގަނެވިގެން އުޅޭ ތަނެކެވެ. ބައިނަލްއަގުވާމީ އޮނި ގަނޑުން ބޭރަކު އުޅެވެން އޮތް އެއް ބަޔަކުވެސް މިހާރަކު ދުނިޔެއަކު ނޫޅެއެވެ. އަމްދުން މިހާރަކީ ދިވެހިނަށް ވެސް މަސްގަޑުދޮށަށް އެރި ގުންބަޅައެއް ބާނައިގެން ރުކަށް އަރާ ގަބުޅިއެއް އަޅައިގެން ކައިގެން ބޮއެގެން އުޅެވެން އޮތް ޒަމާނެއް ނޫނެވެ. 

    ކޮންމެ ދުވަހަކު ހާސްހާހުން ފަތުރުވެރިން ރާއްޖެ ނާރައިފިއްޔާ އުނގު އޮތް ފޮށާ ހަރުލާކަށް ނެތެވެ. އަނގަޔާ އަތާ ދިމާވަކަށް ނެތެވެ. އުއްޑުން އޮތް ނާށި ބަންޑުން ޖަހާލެވެން ވެސް ނެތެވެ. ނުވިތާކަށް އެންމެން އެމެނަށް ތިބީ ދަރާވިކިފައެވެ. 

    ފުޅިބައްތި އައްޔާއި ކަށިކެޔޮފަތު ފަންކާއަކުން ފުއްދޭކަށް ނެތެވެ. ހަނޑަސްބުރިއާއި ދަނޑިދިގު ދާންޏަކުން ހަމަޖެއްސޭކަށް ނެތެވެ. ހިއްކި ބަނބުކޭލާއި ދިޔާ ހަކުރެއް ވެސް މިހާރަކު ލިބޭކަށް ނެތެވެ. ފަން ޖިފުޓިއާއި ދިމާ އެނދަކުން ނުޗަލައެވެ. ރިޔަލު ދޯންޏާ ނާލު ބައްތެއްޔަކުން ކަނޑު ހިނގާކަށް ނެތެވެ. 

    ބޭނުން ތަކާ ގާތަށް ވެސް އަމިއްލަ ފުދުންތެރިކަން ނެތި މޭ ފުއްޕާނީ ކިހިނެއް ހެއްޔެވެ. މީހުންގެ ގައިގާ ލެނގިގެން ނެތް މޮޅު ހޯދައިގެން ތިބެ ވިއްދާފައި ހުރި ކައްތިރި ނައްޓާލީމާ ވެއްޓޭނީކަން ނެނގޭ ހެއްޔެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެ ކަމަށް އިހު މީހުން ބުނާ އަޑުވެސް ނާހަނީތާއެވެ. ބޮޑު ގަހެއްގެ ހިޔާ އޮތީމާ އަމިއްލަ ހިޔަނި ނެތަސް ހިޔާދިން ބޮޑުގަސް ނެތޭ އިރަށް އަމިއްލަ ހިޔަނި ފާޅުވާނެއެވެ. 

    އަވަށްޓެރިޔާ ރުޅިއަރުވާލައިގެން ވާނެ މޮޅެއް ރަނގަޅެއް ނޯންނާނެއެވެ. ކުޑަވެސް ލުޔެއް މަންފާއެއް ނުވާ ގޮތަކަށް އެކަކު އެއްކަމެއް ވެސް ނުކޮށްދޭނެ ނޫން ހެއްޔެވެ. ހުރިހާ މޮޅެއް މަށަށް ލިބޭ ގޮތަށް ތިބާގެ ހުރިހާ ކަމެއް ގުރުބާން ކުރަން ތިބާ ތައްޔާރަށް ހުންނާނެ ކަމަށް އަހަރެން ހީކުރާނީ މަގޭ މޮޔަކަމުންނެވެ. 

    މިޒަމާނުގެ ދުނިޔެ ހިނގާ މަގުން ނުހިނގާ އަމިއްލައަށް މާ މޮޅުވެ ގަނެގެން އުޅެން ވެއްޖެނަމަ ހުޅުހުޅުން ދޫވެ ވެއްޓުން ނޫން ގޮތެއް ނުވާނެއެވެ. ތިމާމެންނަށްވުރެ އާރާބަރާ ހުރި ބަޔަކާ އެކު އޮންނަ ގުޅުމެއް އަމިއްލައަށް އިސްނަގައިގެން ހީނަރު ކޮށްލައިގެން އެމީހުންގެ މަދަދާ އެހިތެރިކަމާއި ލުއިފަސޭހަ ހޯދޭނެ ކަމަށް ހިނުކުރާށެވެ. އަމްދުން ހަސްނެތް އިރު ގަދަ ބަސް ނުބުނާށެވެ. 

    އިންޑިއާ-ޗައިނާގެ ގަދަ ހިފުމުގައި ރާއްޖެ ނުފިތޭނެ އެއްގޮތެއް ވެސް ނުއޮންނާނެއެވެ. މިހާރަކު ދެކޮޅުންކާ ވެނެކަށް ހެދިގެން އެއް ބަޔަކަށް ވެސް ނޫޅެވޭނެއެވެ. އެގޮތަށް ރާއްޖެއެއް ކަމަކު ނޫޅެވޭނެއެވެ. ދުނިޔޭގެ ބާރު އެދަނީ ދެބައިވަމުންނެވެ. ރާއްޖޭންވެސް ޖެހޭނީ ކޮންމެވެސް އެއްކޮޅެއް ނަގާށެވެ. އިންޑިއާ ވިއްޔާ އިންޑިއާއެވެ. ޗައިނާ ވިއްޔާ ޗައިނާއެވެ. 

    މާ މަވެތި ވެގެން އުޅޭކަށް އުޅޭނެ ކަމެއް ނެތެވެ. އެވަރުގެ ބަޔަކު ކަމުގައި އަހަރެމެން ނުވެއެވެ. ނިއުކުލިއަރ ކީއްކުރަން ހެއްޔެވެ. ދަތްކޮއްޓާ އިލޮށިކޮޅެއް ވެސް އަތަކު ނެތެވެ. ފަހުގެ ތާރީހުގައި މަތި ހަށި ނަގާފައި އުޅުނު ސައްދާމާއި ގައްޒާފީމެން ހަލާކުކޮށްލީ ނެތް މޮޅު ދައްކާ ގަދަބަސް ބުނަން ހަދައިގެނެވެ. ފުދުންތެރި ކަމާއި ފޯރުންތެރި ކަމާއި އެކަށީގެންވާ ބާރުވެރިކަމުގާ އޮއްވައެވެ. 

    އަމިއްލަ ހައިބަތު ދައްކަން މޭ ފުއްޕޭވަރުގެ ބަޔަކަށް އަހުރެމެން ނުވެއެވެ. ގުޅިގެން އެކީގައި އުޅުމަށްވުރެ ރަނގަޅު އެއްވެސް ގޮތެއް އަހުރެމެންނަކަށް ނެތެވެ. އިންޑިއާ އައުޓްކޮށް ޗައިނާ އިންކުރިޔަސް ވާނެ މޮޅެއް ލިބޭ ރައްކާތެރިކަމެއް ކަށަވަރު ކުރެވޭނެ ސިޔާދަތެއް އިތުރަކަށް ނެތެވެ. އަމްދުން މައިކެއް ދިއްކޮށްލާއިރަށް އަތްގުޅި ނުކާވަރުގެ ގަދަބަސް ބުނުމަކީ ނުރައްކާތެރި ކަމެކެވެ.   

    ]]>
    Mon, 23 Oct 2023 15:46:33 +0500 ހީރަސްނިއުސް
    ނޮވެމްބަރ 17އަށްފަހު އިޒްރޭލަކީ ގައުމެއް ނޫން!؟ https://heerasnews.com/1933 https://heerasnews.com/1933 ހުވާ ކުރެއްވުމަށް ފަހު ޑރ. މުއިއްޒު ފުރަތަމަ ކުރައްވަންޖެހޭ ބޮޑު ކަމަކީ ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމެވެ. އެ މަނިކުފާނު ވެރިކަމަށް ހޮވި އެންމެ ބޮޑު ބޭނުމަކީ އެއީއެވެ. އިންޑިއާ ސިފައިން ރާއްޖެ އެރިގޮތަކާ އެކަން ކުރިއްޔާ ކުރި ބަޔަކާ އެކަން ހިނގި އަހަރެއް މަހެއް ނޭނގުނަސް ޑރ. މުއިއްޒަށް އޮތީ ރާއްޖެއިން އިންޑިއާ ސިފައިން ބާލާ ގައުމު މިނިވަން ކުރުމެވެ.

    ރާއްޖެެއިން އިންޑިއާ ސިފައިން ބޭލުމާއެކު، އިންޑިއާގެ މައްޗަށް ބައިނަލްއަގްވާމީ މާސިންގާ ޖަރީމާއެއް ހިންގިކަން ސާބިތު ވާނެއެވެ. އެއީ އެ މީހުން އަވަށްޓެރި މިނިވަން ގައުމަކަށް ސިފައިން އަރުވާ އެ ގައުމު އަޅުވެތި ކޮށްގެން ތިބި ކަމުގެ ބޮޑު ކުށެވެ. އެއީ ބައިނަލް އަގްވާމީ ހުރިހާ ހަމަތަކާ ގާނޫނު ތަކުން މުޅިން މަނާ ކަމެކެވެ. އިންޑިއާ އެދަނީ ދުނިޔޭގެ ކުރިމަތީގައި ފިސާރި ފަޟީޙަތްވެ ރަނގަޅު ބޮނޑިއެއް ބޯށެވެ. ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެެއްވުމާ އެކު އިންޑިއާގެ ދުވަސްދަނީތާއެވެ؟

    ދައްކަން މިއުޅެނީ އިންޑިއާ ސިފައިން ބޭލުމާ އެކުއެކީ ކުރަންޖެހޭ އެހެން ކަމެއްގެ ވާހަކައެވެ. އެއީ އިޒްރޭލަކީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ގަބޫލު ކުރާކަން ކުއްލި އަކަށް ފަޅާ އެރި ކަމަށް ހަދައިގެން ފަތުރަން ފެށި އަޑެވެ. ކިޔަވައިދޭ ޓެކްސް ފޮތެއްގައި އިޒްރޭލަކީ ގައުމެއް ކަމުގައި އޮވެގެން އެޑިއުކޭޝަން މިނިސްޓަރުގެ ފޮޓޯ ޖަހައިގެން އެ ވާހަކަ ދައްކަން ފެށީއެވެ. ހީވަނީ އިޒްރޭލަކީ ގައުމެއް ކަމުގައި ބަލައިގަތީ ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙްގެ ވެރިކަމުގައި އޭނާ ހެންނެވެ. ކޮންތާކު ހެެއްޔެވެ؟ ނިމިދިޔަ ހުރިހާ ވެރިކަމެއް ނިމިދިޔައީ ވެސް އިޒްރޭލަކީ ގައުމެއްގެ ގޮތުގައި  ބަލައިގަނެގެން ތިބެއެވެ.

    ކޮންމެ ބަޔަކު ކުރިއަސް މާގިނަ ދުވަހެއް ނެތްތާއެވެ. ދިވެހިން ތިބީ ބަލާށެވެ. ޑރ. މުއިއްޒު ހުވާ ކުރައްވާ ގޮތަށް އިޒްރޭލަކީ ދިވެހިރާއްޖެއިން ގަބޫލު ކުރާ ގައުމެއް ނޫން ކަމުގައި ކަނޑައަޅުއްވާ އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެއެވެ.

    ]]>
    Sat, 21 Oct 2023 15:35:26 +0500 ހީރަސްނިއުސް
    ދެން އަންދާލާނީ ކޮމިޝަނަރު ނޫންކަމެއް ނޭގެ! https://heerasnews.com/1931 https://heerasnews.com/1931 ދިވެހި ފުލުހުންގެ ކޮންމެ މީހަކީ ހުވައެއް ކޮށްގެން މަގާމާ ހަވާލުވެ މުޖުތަމައުގެ ރައްކާތެރިކަމާ ހަމަޖެހުމަށް މަސައްކަތް ކުރަން ތިބި ބައެކެވެ. އެ މީހުން ކިޔަމަންތެރިކަން އަދާކުރަން ނުޖެހެނީ ގައިރު ގާނޫނީ އަމުރަށެވެ. އެމީހަކު ދެކޭ ގޮތްނޫން ކޮންމެ ގޮތަކީ ގައިރު ގާނޫނީ ކަމެއްކަމަށް ބެލުމުގެ ހައްގެއް އެހެނެއް ކަމަކު ނޯވެއެވެ. ފުލުހުންނަކީ ހުރިހާ ވަގުތެއްގައި ވެސް ޗޭން އޮފް ކޮމާންޑަށް ކިޔަމަން ތެރިކަން އަދާކުރުން ލާޒިމު ބައެކެވެ. ސިޔާސީ ގޮތުން އެ މީހަކު ގަބޫލު ނުކުރާ ވެރިއަކު އެމީހެއްގެ މައްޗަށް އަމުރުކުރަން ހުރުމަކީ ޗޭން އޮފް ކޮމާންޑް ބުރޭކް ކުރަން އޮތް ތަޅުދަޑިއެއް ނޫނެވެ. 

    ހުރިހާ ފަހަރަކު ފުލުހުންގެ ވެރިންގެ ގޮތުގައި ތިބޭނީ އެމީހުން ރުހޭ ބަޔަކަށް ނުވެދާނެއެވެ. އެހެނެކޭ ކިޔާ އެމީހުންގެ ހުރުމަތް ކަޑާލާ މުއައްސަސާގެ އިތުބާރު ކެނޑޭ ޒާތުގެ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ފުލުހަކަށް އޮތް ހައްގެއް ނޫނެވެ. ބަޔަކު ކިތަންމެ ނުރުހުނަސް  ދިވެހި ރާއްޖޭގެ ހޯމް މިނިސްޓަރަކީ އަދި ޝައިހު އިމްރާނެވެ. ޕޮލިސް ކޮމިޝަނަރަކީ މުހައްމަދު ހަމީދު (އެމްސީ ހަމީދު)އެވެ. 

    ޝައިހު އިމްރަނާއި އެމްސީ ހަމީދު ނޫނަސް އެ މަގާމުތަކުގައި އެހެން ބަޔަކު އަބަދުވެސް ތިބޭނެއެވެ. އެއްވެސް އިރަކު އެ މަގާމް ތަކުގައި ތިބޭނީ ހުރިހާ ފުލުހުން ރުހޭ މީހުނެއް ނޫނެވެ. އެންމެ ބޭނުންވާ މީހުނެއް ވެސް ނޫނެވެ. ކިތަންމެ ނުރުހޭ ބަޔަކު ތިއްބަސް މަގާމުގެ ގޮތުން އެ މީހުނަށް ގަދަރުކޮށް ކިޔަމަންތެރިކަން އަދާކުރާން ޖެހެއެވެ. 

    ދިވެހިން ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން އެންގުމުގެ ގޮތުން ރޭބޭއްވި ހިނގާލުމަށް ފަހު ފުލުހުންގެ ބަޔަކު އިސްވެ ތިބެ އަންދާލީ ނަތަންޔަހޫއާއި ބައިޑިންގެ ފޮޓޯ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ހޯމް މިނިސްޓަރ އިމްރާން އަބްދުއްލާ އާއި ޕޮލިސް ކޮމިޝަނަރ އެމްސީ ހަމީދުގެ ފޮޓޯ ވެސް އެ މީހުން އެންދިއެވެ. 

    ފުލުހުންގެ ބަޔަކު އިސްވެ ތިބެ ދައްކާ އެ ދިނީ އެ މީހުންގެ ހުރި ޖާހިލުކަމާ ގޮތެއް ނެތްކަމެވެ. އެމީހުން އެ ކަނޑާލީ މުސްލިމުންގެ އެއްބައިވަންތަކަން ސާބިތު ކޮށްދޭން ބޭއްވި ހިނގާލުމުގެ ހުރުމަތެވެ. ރޯ އެކުރީ ނަފްރަތުގެ ހުޅެވެ. ވައްޓާލީ ފުލުހުންގެ މުއައްސަސާގެ އަގެވެ. 

    ހެދޭ ނުހެދޭ ނޭނގި އަމިއްލައަށް ގެއްލުވާ އެލަނީ އަމިއްލަ ނަފުސާއި މުޅި މުއައްސަސާގެ އިތުބާރެވެ. ސާބިތު އެ ކޮށްދިނީ ލިބިއޮތް ބާރުގެ ބޭނުން ކޮށްގެން ދައުލަތުގެ އިސްވެރިންނާ މެދު ރައްޔިތުން ނަފްރަތު ކުރުވުމަށް ގިނަ ކަންތައް ތަކެއް ފުލުހުންގެ ނަމުގައި ކުރިކަމެވެ. ފުލުހުންގެ ތެރޭގައި ބަޔަކު ތިބެ މަގާމުގެ ބޭނުން ކޮށްގެން ހަމަ ނުޖެހުން ހިންގުވާ ހަރާން ކޯރުވިކަމެވެ. ރައްޔިތުން ސަރުކާރު ދެކެ ރުޅި އެރުވުމަށް ފުލުހުންގެ ތެރޭގައި ބަޔަކު ތިބެ ރާވައިގެން ކަންތައް ތަކެއް ކުރިކަމެވެ. 

    ފުލުހުންގެ ނަމުގައި ތިބި އެ ފަދަ މީހުންނަކީ ނުރައްކާތެރި ބައެކެވެ. ކޮންމެ ސަރުކާރެއް އޮތަސް އެ މީހުންގެ ފުށުން ގައުމަށާއި ރައްޔިތުންނަށާއި ސަރުކާރަށް ރައްކާތެރި ކަމެއް ފައިދާއެއް ނުއޮންނާނެއެވެ. އެ މީހުންނަކީ ބޮޑެތި މުޖުރިމުންނެވެ. މުޖުރިމުންނަށް ދައުލަތުގެ ރައްކާތެރިކަމާ ބާރު ހިނދުކޮޅަކަށް ވެސް ދެވިފައި އޮވެގެން ނުވާނެއެވެ. 

    އާއްމު އެއްވުމެއްގައި ހޯމް މިނިސްޓަރާއި ޕޮލިސްކަމިޝަނަރގެ ފޮޓޯ އެންދި ފުލުހުންނަކީ ހިފާ ހައްޔަރުކޮށް ތަހުގީގްކޮށް ފިޔަވަޅު އަޅަން ޖެހޭ ބަޔެކެވެ. މުޅި ދައުލަތުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައެވެ. ގާނޫނީ ހުވައެއްގެ މަތީގައި ތިބެ އެވަރު ބޮޑު ޖަރީމާއެއް ހިންގި ބަޔަކަށް ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ ދެން އަންދާލާނީ ޕޮލިސްކަމިޝަނަރު ނޫންކަމެއް ނޭގެއެވެ. އެމީހުންގެ ފުށުން ކުރިއަށް އޮތްތާގައި ހިނގާނީ ކޮންފަދަ ނުރައްކާތެރި ކަމެއްކަން އޮތީ ހިތައް އަރުވާލުމެވެ. 

    ]]>
    Sat, 21 Oct 2023 13:27:03 +0500 ހީރަސްނިއުސް
    ހަވާލު ވާންވާނީ ފިސާރި ގަޓުހުރެގެން https://heerasnews.com/1924 https://heerasnews.com/1924 ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރަކީ ދުނިޔޭގެ އިގްތިސާދު އިންތިހާއަށް ރަނގަޅު ދުވަސްވަރެކެވެ. އިގްތިސާދީ ހަރަކާތްތައް ފަތުއަޑު ކިޔާލާފައި މުޅި ދުނިޔޭގައި ހިނގަހިނގާ އޮތް ދުވަސް ވަރެކެވެ. ރައީސް ޔާމީނުގެ ވެރިކަން ނިންމާލީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބިލިއަން ބިލިއަނުން ދައުލަތުން ވައްކަން ކުރިކަމުގެ ތަހުމަތާއެކުގައެވެ. ލީސްކުރާނެ ރަށެއް ފަޅެއް ގިރިއެއް ހަލެއް ނެތޭ ބުނާ ވަރަށް ތަންތަން ވިއްކާ ހުސްކޮށްފައެވެ. އޭރު ހިންގި މެގަ ޕްރޮޖެކްޓް ތަކަކީ ވެސް މާސިންގާ ލޯން ތަކެވެ. ރިޝްވަތާ ކޮރަޕްޝަނުން ފަސާދަ ނުވާ މީހަކު މަތިފަޑީގައި ނެތޭ މީހުން ކިޔާ އުޅުނެވެ. ގިނަ ބަޔަކު ކިޔަމުން ދިޔައީ ދައުލަތުގެ ތިޖޫރި ހުރިތާ ވަޅުގަނޑުވެސް ނެތް ވާހަކައެވެ.

    އެހެނެއް ކަމަކު ރައީސް ސޯލިހު ރާއްޖެއާ ހަވާލުވީ ހޯހޯ ގޮވަމަކުން ނޫނެވެ. ކަންކަން ނުހުންނާނެ ކަމަކަށް ވެސް ނޫނެވެ. ދައުލަތް ހިންގުމަށްޓަކާ ބޮޑެތި ގުރުބާނީ ތަކެއް ވާންޖެހޭނެކަން އެނގި ހުރެއެވެ. ފައިސާ ނެތިގެން ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ދައްކަމަކުން ނޫނެވެ. އާމްދަނީއާ ނުބައްދަލު ހޭދަ ދައުލަތް ހިންގުމަށް ހިނގާނެކަން ނޭގިއެއްވެސް ނޫނެވެ. ފައިސާ ނެތިގެން ކަންކަން ކޮށްނުދެވޭނެ ވާހަކައެއްް ޔޯލަކޮށްލާފައިވެސް ބުނާ އަޑެއް ނީވެއެވެ.

    ރައީސް ޔާމީނުގެ ވެރިކަން ނިމެމުން އައި ދުވަސްވަރު ބައެއް ހިދުމަތްތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ސިގްނަލް ލިބިލިބި ހުއްޓެވެ. އެކަމަކު ރައީސް ޔާމީނު ވެސް ރައީސް ސޯލިހުވެސް ހަދާނެ ގޮތް ހުސްވެގެން ހާސްވެގެން އުޅުނު ތަނެއް ނުދެކެމެވެ. ދައުލަތް ހިންގުމުގެ ޒިންމާތައް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެ މީހުން އަދާ ކުރަމުން ދިޔައެވެ. ދައުލަތް ހިންގުމާ ހަވާލު ވަނީ އަރަންޏާ ދަރަންޏަށް ޒިންމާ ވެގެންކަން އެ މީހުނަށް އެނގެއެވެ. 

    ރައީސް ސޯލިހުގެ ވެރިކަން ފެށުނު ތަނާ ނަސީބު ދިމާކުރި ގޮތުން ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުނެވެ. އެމީހަކު ހުރި ތަނެއްގައި އެ މީހަކު ބަންދު ވިއެވެ. އެއް ގައުމުން އަނެއް ގައުމަށް މީހުން އައިސް ގޮސް އުޅުން މަނަލެވެ. އިގުތިސާދީ ބޮޑެތި ހަރަކާތްތައް ކީއްކުރަން ހެއްޔެވެ. ކާންބޯން މަސައްކަތެއް ވެސް މީހުނަށް ކުރެވޭނެ ފުރުސަތެއް ނެތެވެ. ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ އެހާލަތުގައި މަރުތަޅު އެޅިފައެވެ. އެއް ދުވަހެއް ދެ ދުވަހެއް ނޫނެވެ. ދެ އަހަރެއްހާ ދުވަހުއެވެ.

    މަރު ތަޅު އެޅިފައި އޮތް ރާއްޖޭގެ ރައްޔިތުން ހައިހޫނު ކަމުގައި ބަޑަށް ނުޖެހޭނެހެން އެންމެނަށް ބަރާބަރަށް ކާބޯތަކެތި ލިބޭނެ ގޮތް ދަތިކަމެއް ނެތި ހަމަޖައްސާ ދިނެވެ. ދޭސީއެއް ބިދޭސީއެއް ތަފާތު ނުކޮށެވެ. އަނެއްކޮޅުން ކޮވިޑްގައި އުދުހިގެންދާ ފުރާނަ ވީހާވެސް މަދު ކުރަން އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ވުރެވެސް ރަނގަޅަށް ރާއްޖޭގައި ވަސީލަތާއި ހިދުމަތް ގާއިމުކުރިއެވެ. އެކަހެރިވެލައިގެން އުޅުން ނޫނީ ކޮވިޑްގެ ހަގީގީ ވޭނާ އިހުސާސް މަދު ދިވެއްސަކަށް ނޫނީ ކުރާކަށް ނުޖެހެއެވެ. މުޅި ދުނިޔޭން އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރި ފަސް ގައުމުން އެއް ގައުމުގެ ގޮތުގައި ރާއްޖެ ހިމެނުނީ ވެރިއެއްގެ ގާބިލު ކަމުންނެވެ.

    ކޮވިޑްގައި ސިއްހީ ހިދުމަތާއި އެނޫންވެސް ހިދުމަތް ދިނުމުގައި އުޅުނު ސަރުކާރު މުއައްޒަފުންނަށް އެކި ނަންނަމުގައި މުސާރައިގެ އިތުރަށް ބޮޑެތި އެލަވަންސްތައް ދިނެވެ. ސަރުކާރުން އެންމެ މުއައްޒަފަކު ވެސް ކަނޑާނުލައެވެ. މުސާރައިން ލޯލާރިއެއްވެސް އުނިނުކޮށް ގޭގައި ބައިތިއްބައިގެން އެންމެންނަށް ހަމަ މުސާރަ ދިނެވެ. ކޮވިޑް ތެރެއެއް ކަމަކު އަސާސީ ހިދުމަތް ދިނުމަކަށް ހުއްޓުމެއް ނާރުވައެވެ. ކޮވިޑް ފެތުރިފައިނެތް ހިސާބު ހިސާބުގައި ތަރައްގީގެ މަޝްރޫއުތައް ވެސް ވީވަރަކުން ހިންގަމުން ގެންދިޔައެވެ. ފައިސާ ނެތިގެން ހޮސްޕިޓަލެއް އޮފީހެއް ބަންދު ކުރަން ޖެހިދާނެ ވާހަކައެއް ސަރުކާރަކުން ނުދައްކައެވެ. ތަރައްގީގެ މަޝްރޫއެއް ހުއްޓައެއް ނުލައެވެ. ހުއްޓާލަން ޖެހިދާނެ ކަމަކަށް ވެސް ނުބުނެއެވެ. ވެވެން އޮތްގޮތެއް ހޯދައިގެން އެކަމެއް ކުރިއެވެ.

    ދަރާ ބޯހިކެންނެތް ގައުމެކޭ ބުނަމުން ދައުލަތަކާ ހަވާލު ވާންވާނީ ފިސާރި ގަޓުހުރެގެންނެވެ. އުންމީދާ ޔަގީންކަމާ ކެރުންނެތީ ވިއްޔާ ރަގަޅުވާނީ ކަންކަމާ ކައިރި ނުވިއްޔާއެވެ. 

    ]]>
    Wed, 18 Oct 2023 18:48:25 +0500 ހީރަސްނިއުސް
    މުއިއްޒުގެ ސަރުކާރުން ނަތީޖާ ހާސިލް ވިޔަކަ ނުދޭނެ https://heerasnews.com/1912 https://heerasnews.com/1912 ރައްޔިތުން ވޯޓު ދީގެން ރައީސްކަމަށް މީހަކު ހޮވަނީ ހެޔޮވެރިކަމެއް ކުރުވާށެވެ. ބަޔަކަށް އާރާބާރާއި ބޮޑު މުސާރައާއި ހައިބަތު ހޯދާދޭކަށް ނޫނެވެ. ވަކި ބަޔަކަށް ގެއްލުނު ދުނިޔެ ހޯދާދޭކަށްވެސް ނޫނެވެ. 

    ކޮންމެ ސަރުކާރެއްގެ މަތި ފަޑީގައި ތިބޭނީ ކޮންމެ ވެސް ބައެކެވެ. ސަރުކާރުގެ އިސް ސަފަކީ ތާއަބަދު އެއްބަޔަކު ދަނޑިމަތި އަނބުރަން އޮތް ތަނެއް ނޫނެވެ. އެއް ޕާޓީން ވެރިކަން ގެއްލި އަނެއް ޕާޓީއަށް ވެރިކަން ލިބުމަކީ ކުރީން ސަރުކާރުގައި އިސްކޮށް އުޅުނު މީހުނަށް އަބުރާ މަގާމުތައް ދޭންޖެހޭ ސަބަބެއް ނޫނެވެ. ކުރިން ވަޒީރުކަން ކޮށްފައި ތިބި މީހުންނާއި އިސް މަގާމުތައް ފުރާފައި ތިބި މީހުނަށް އުފެދޭ އައު ސަރުކާރުގެ އިސް ސަފުން ޖާގަ ދިނުމަކީ ވޯޓުދިން ރައްޔިތުންގެ ނިޔަތެއް ނޫނެވެ. 

    އެކި ފަހަރު މަތިން ސަރުކާރުގެ މަތިފަޑިން ޖާގަލިބި އެކަށީގެންވާ ނަތީޖާއެއް ނެރެނުދެވި ފޭލިވެފައި ތިބި މީހުން ނޫނަސް ގާބިލު މީހުން ރާއްޖޭގައި އެބަތިއްބެވެ. ކިތަންމެ މަތީ ފާހެއް އޮތަސް ރައްޔިތުންގެ ހިދުމަތުގައި ފޭލިވެފާ ތިބި މީހުންނަށް އަނބުރާ އެ ފުރުސަތު ނުދިނަސް ދައުލަތް ހިންގޭވަރުގެ ކުޅަދާނަ އިލްމީ ގާބިލު މީހުން ބައިވަރެވެ. 

    ރައީސް ޑރ. މުއިއްޒު އުފައްދަވާ އައު ސަރުކާރަކީ ބުންވަރުހުރި ނަޒާހަތްތެރި ނަތީޖާ ހާސިލުކުރާ ސަރުކާރަކަށް ހެދުމަށް ޓްރެކް ރެކޯޑް ނެތް ޅަދޮނޅު މުރާލި އަނގަގަޅި ނުޖެހޭ ނަޒާހަތްތެރި ބަޔަކު އިހުތިޔާރު ކުރުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންގެ ލޯބި އިތުރުވާނެ ކަމެކެވެ. ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ ކުރީގެ ރެލީއަށް ވުރެ މޮޅު އެހެން ގޮތްގޮތް މިހާރު އެބަހުއްޓެވެ. އިންތިހާބީ ރައީސްގެ ސްޕޯކްސް ޕާސަންއަކީ އޭގެ މިސާލެކެވެ. 

    ކުރިން ބޮޑެތި މަގާމުތަކުގައި ތިބެ މަގާމު ގެއްލުނު މީހުނަށް އަނބުރާ މަގާމު ލިބުމަކީ މަދު މީހެއްގެ ފުށުން ނޫނީ ބަދަލު ހިފުމާއި ޖަދަލު ކުރުން ނެތި ނުދާނެ ކަމެކެވެ. އައު ވިސްނުމާއި ތަފާތު ފިކުރަށްވުރެ އެމީހުން ފަރިތަ ވާނީ ކުރިއްސުރެ ކުރަމުން އައިގޮތަށެވެ. ލެނބޭނީ އޮތް ބަޅަށެވެ. ފެށޭނީ ކުރިން ހުއްޓުނު ހިސާބުންނެވެ.

    އަމްދު މިހާރު މަތިހަށި ނަގާފައި އުޅޭ މީހުންނާ މެދު ވިސްނާލުމުން ގަބޫލު ކުރެވޭ ހަގީގަތް ތަކެއް އެބަހުއްޓެވެ. ވާހަކަފުޅު ތަކާއި ކުރީން އަމަލުތައް ބެހެއްޓެވި ގޮތުން ޑރ. ޖަމީލުމެން ކަހަލަ އެންމެ މިސާލެއް ނަގަމާ ހެއްޔެވެ. އެ ބޭބޭފުޅުންގެ ފަހަތުގައި ފޮރުވިފައިވާ އަމިއްލަ އެޖެންޑާއެއް އޮތް ކަމަށް ގަބޫލު ނުކުރާނެ އެކަކުވެސް ނުހުންނާނެއެވެ. ޑރ. މުއިއްޒުގެ ވަށައިގެން މިކަހަލަ ކިތަންމެ ބަޔަކު ތިބީތީ ފެންނަ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. 

    ރައީސް ސޯލިހު ވެސް ކޯލިޝަންގެ ނަމުގައި އަތް ބަންނަވައިގެން އުޅުއްވަން ޖެހި ވަޑައިގަތުމުން ހައްގު ނޫން އެތައް ތުހުމަތެއް ރައްދުވިއެވެ. ބަދުނާމެއް ލިބިވަޑައިގެންނެވިއެވެ. ހާސިލު ކުރައްވަން ބޭނުންފުޅުވި އެތައް ލަޑުދަނޑިއެއް ފާލުން ނެއްޓި އަމާޒުން ކައްސާލިއެވެ. ބަދަލު ހިފުމާ ޖަދަލު ކުރުމާއި އަމިއްލަ އެޖެންޑާގައި ތިބި ކުރީގެ މީހުން ގޮވައިގެން ހިންގަން އުޅޭ ސަރުކާރަކުން ހާސިލު ކުރެވޭނެ ނަތީޖާއެއް ނުއޮންނާނެއެވެ. 

    ކާމިޔާބު ވެރިކަމެއް ކުރެއްވުމަށްޓަކައި ޑރ. މުއިއްޒަކީ މިނިވަނަކަށްވެ ވަޑައިގަންނަވަން ޖެހެއެވެ. މުއިއްޒު ވިދާޅުވިހެން މީހެއްގެ މީހަކަށް ނުވެ ރައްޔިތުންގެ މީހަކަށް ވެވަޑައި ގަތުން ލާޒިމެވެ. ހުރިހާ ގޮތަކުން ވެހެވެ. ކިތަންމެ އޯގާތެރިވިޔަސް ފާޓު ފުޅާވެގެން ގޮސް އިސްތަށިފުޅަށް ސަވާރުވެ ދީވަލްޕާ ހެދޭ ޒާތުގެ މީހަކަށް ހަނި ފުރުސަތެއް ވެސް ދެއްވާކަށް ނުވާނެއެވެ. ވެރިކަން ވެސް މަޖިލީހުގެ މެޖޯރިޓީވެސް ހޯދާދޭނީ ރައްޔިތުންނެވެ. ޓެސްޓްކޮށް ފޭލިވެފައިވާ ވަކި ވަކި މީހެއް ނޫނެވެ.  

    ]]>
    Sat, 14 Oct 2023 13:27:24 +0500 ހީރަސްނިއުސް
    ރާއްޖެ މައްޗަށް ނަގަމުންދަނީ ނުރައްކާ ވިލާގަނޑެއް https://heerasnews.com/1902 https://heerasnews.com/1902 މާ އަޑުގަދަ ފާޓު ފުޅާ ނަންހުރި ބޭބޭފުޅުންނާ މަޝްހޫރު ޝަޚްޞިއްޔަތުތައް ތިއްބާ 2018ގައި ކުއްލި އަކަށް މި ގައުމު ހަވާލު ކުރެއްވީ ހިންނަވަރުން ވަޑައިގެންހުންނެވި ބަސްމަދު ނިޔަނެތި މީހަަކަށެވެ. ކުރިއަށް އޮތްތަނަށް މިންވަރު ކުރައްވާފައި ހުރި ވެރިޔަކީ ރައީސް މުޢިއްޒެވެ.  

    އަންނާން ހުރި ކަންކަމަކީ އައިމާ ނޫނީ އެނގޭ ކަންކަމެއް ނޫނެވެ. ކޮވިޑްގެ ޢާލަމީ އެ ބޮޑުވަބާ ކުރިމަތީގައި އޮތްކަން ދެނެވޮޑިގެންވީ ހަމަ އެކަނި އެ ފަރާތަށެވެ. އުރެދުންތެރިން އުރެދުނަސް މިއީ ހުރިހާ ރަށެއްގައި 5 ވަގުތު ނަމާދު ގާއިމް ކުރާ ހަމައެކަނި ދުނިޔޭގެ ގައުމެވެ.

    ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙްގެ ވެރިކަން ފަށައިގަނެ ދުވަސްކޮޅެއް ނުވެ ދުނިޔެ ހުއްޓުވާލި ކޮވިޑްގެ ނާމާން 2 އަހަރު، ދިވެހިންގެ ޒިންމާ މަތިކުރެއްވީ އެއްކަލަ ހިންނަވަރު މީހާއަށެވެ.

    މަގުތައް ފަޅުވެ ވިޔަފާރި ހުއްޓި އަލިތައް ފަނޑުވެ ބިރުވެރިކަން ލާވަށާލާ، އެންމެން ތިބީ ތިބި ތަނެއްގައި ބަންދު ވެގެންނެވެ. އެމްބިއުލާންސްގެ ސައިރަންގެ އަޑަށް ކުޑަދޮރުން ބޯދިއްކޮށްލާ އިރު ފެންނަނީ، ހިނގާ ބިނގާވާ މައްޔިތުން ތަކެއް ފަދަ ބިރުވެރި ހެދުން އަޅައިގެން ތިބި ސިއްޙީ އެހީތެރިންނެވެ. ޖެހިގެންހުރި ގެއިން ނެރެ އެމްބިއުލާންސަށް އެ އެރުވީ އިއްޔެ ވާހަކަ ދެއްކި އަވަށްޓެރިޔާއެވެ. އިރުކޮޅަކުން އައި ފޯން ކޯލްގައި އެބުނީ ޑައިރެކްޓް ކޮންޓެކްޓަކަށްވާތީ ކަރަންޓީނު ފެސިލިޓީއަށް ދާން ތައްޔާރު ވުމަށެވެ. މައިން ބަފައިންނާ ޢާއިލާ ދޫކޮށް ޚުދުތިމާ ވެސް ދާން ޖެހުނީއެވެ.

    ދުނިޔެއަށް މިސާލު ދައްކަމުން ކޮވިޑް މެނޭޖްކުރެވި، އިގްތިޞޯދު ހުޅުވި ގައުމު ހިނގައިގަތް ތަން ދެކެފީމެވެ. ހިންނަވަރުން އައި މީހަކާ އެޓާސްކް ހަވާލުކުރެއްވީ ކޮން ސަބަބަކަށްޓަކާ ބާވައެވެ؟ 

    އަނެއް 5 އަހަރަށް މި ރާއްޖެ ހަވާލު ކުރައްވާފައި މިވަނީ ވަށަފަރަށް ނިސްބަތްވާ އަނެއް އިބޫ ފަދަ ޑރ. މުހަންމަދު މުޢިއްޒެވެ. އަންނާން އޮތީ ކޮންކަމެއް ކަމެއް ނޭނގެއެވެ. އިގްތިޞޯދީ ގޮންޖެހުން ބޮޑެވެ. ބަޖެޓް ސަޕޯރޓްގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ޑޮލަރު ވަގުތުން ނުލިބި ޑރ. މުއިއްޒަކަށް ވެސް ވާކަށް ނެތެވެ.

    ބަޖެޓް ސަޕޯރޓަކީ އިންޑިއާ ނޫން ގައުމަކުން ދިވެހިންނަށް ލިބޭ އެއްޗެއް ނޫނެވެ. ވެރިކަން ބަދަލުވީމާ މިދަނޑިވަޅު އަންނާނެކަން އިންޑިއާ އަށް އެނގޭނެ އެވެ. އިންޑިއާ އައުޓް ކުރިއަށް ގެންދެވޭނެ ގޮތެއް ދެން ބުނެބަލާށެވެ. 

    ގަތަރާ އެކު ރައީސް ޞޯލިޙް އެއްބަސްވެފައިވާ އިހަވަންދިއްޕޮޅު ޓްރާންޝިޕްމެންޓް ޕްރޮޖެކްޓް ކުރިއަށް ގެންދާނަމަ އިންޑިއާ އިން ރާއްޖެއާ ވާހަކަ ދައްކާނީ ހަތަރުކަޅި ހަމަ ނުކޮށް އިސްޖަހައިގެން އޮވެއެވެ. މިއީ ޑރ. މުއިއްޒުގެ ސަރުކާރަށް ފަސޭހަ ގޮތަކަށް ނުވާނެއެވެ.

    އެހެނެއް ނޫނެވެ ދެލޯމަރާފައި ވެސް އިހަވަންދިއްޕޮޅު މަޝްރޫޢު ނިންމައިފި ނަމަ، ވެރިކަން ބަދަލުވެގެން ދުނިޔެތެރެއަށް ދިވެހިން ނާށިގަނޑު ހިފައިގެން ނުކުންނާކަށް ނުޖެހޭނެއެވެ.

    އަޖައިބެކެވެ. އިންޑިއާ އާ ރާއްޖެއާ ދެމެދު 8 ޑިގްރީ ޗެނަލުން ދުވާލަކު އެތައް ސަތޭކަ އާގު ބޯޓް ހުރަސް ކުރާތާ ކިތަންމެ ޒަމާނެކެވެ. އެކަމުން އިންޑިއާ އަށް އޮތް ނުރައްކަލެއް ނެތެވެ. އެ ބޯޓް ފަހަރަށް ތެލާ ފެނާ ކާނާ ސަޕްލައިކޮށް ރާއްޖޭން އެ ވިޔަފާރިކޮށް ދިވެހިރާއްޖެ ފުދުންތެރި ވެގެން އިންޑިއާ އަށް ވާން އޮތީ އެންމެ ނުރައްކަލެކެވެ. އެއީ ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވެގެން ރާއްޖެއިން ސަލާން ޖެހުން ހުއްޓޭނެ ގޮތް ވުމެވެ.

    އަނެއްކޮޅުން، މެދުއިރުމަތިން ފެންނަނީ އުޖާލާ މަންޒަރެއް ނޫނެވެ. ފަލަސްތީނުގެ ހާލަތު އެއް ފަރާތުގައި ބާއްވާފައި ވިސްނާލާއިރު ތެޔޮފީފާގައި ރޯވެގެން ތެލުގެ އަގު ބޮޑުވީމާ ކުރިމަތިވާ ނުރައްކާ މާބޮޑުވާނެއެވެ.

    މާބޮޑަށް ޕާޓީތަކާ ކުލަކުލަ ވެގެން އުޅެވޭކަށް ނެތެވެ. ދިވެހިންގެ އެއްބާރުލުން ޑރ. މުއިއްޒުގެ ސަރުކާރަށް އިންތިހާއަށް ބޭނުން ވާނެއެވެ. މިއީ ވަކިޕާޓީ ތަކާބެހޭ  ކަމެއް ނޫނެވެ. މިއީ ރައީސް އިބޫ އާއި ރައީސް މުއިއްޒާ ގުޅޭ ކަމެއްވެސް ނޫނެވެ. 

    ދިވެހިންގެ ރާއްޖެ ކިޔައިގެން ވަކިބަޔަކު ވެރިކަމަށް އަންނަން ހަދާ ހީލަތުގައި ނުޖެހި، ދިވެހިންގެ ރާއްޖެ އަކީ އެންމެންގެ ރާއްޖެ ކަމުގައި ގަބޫލު ކުރަން ޖެހެއެވެ.

    ]]>
    Mon, 09 Oct 2023 18:31:22 +0500 ހީރަސްނިއުސް
    ޑިމޮކްރެޓްސްއަކީ ޕައިރެޓުންގެ ޖަމާއަތެއް https://heerasnews.com/1900 https://heerasnews.com/1900 ގާނޫނު އަސާސީ ބުނާ ގޮތުން ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ އަތްމަތީގައެވެ. އެކަމަކާ ދެބަސްވާ މީހަކު ނެތެވެ. ރާއްޖޭގައި ހިނގާނީ ގާނޫނު އަސާސީގެ ހުކޫމަތު ކަމަށް ގާނޫނު އަސާސީ ބުނެއެވެ. އެހެނަސް ނިއުޅި އޮޅެމުންދާ ހަގީގަތަކީ މުޅިއަކުން އެއީ ކަމަކަށް އެއްބަހެއް ނުވެއެވެ. ކަންކަން ހިނގަނީ އެ ތަރުތީބަކުން ނޫނެވެ.

    ވިސްނަލަން މުހިންމު އެއްކަމެއްގެ ވާހަކައެވެ. ސިޔާސީ ޕާޓީ ތަކަކީ ވެސް ގާނޫނީ ސަހުސެކެވެ. ރައްޔިތުންގެ އަގުލަމިއްޔަތުން ވަކި ޕާޓީއަކަށް މަތިކޮށްފައިވާ ކަމެއް އެހެން ޕާޓީއަކަށް މަތިކުރެވެން ވާނީ ވެސް ރައްޔިތުންގެ ވޯޓަކުންނެވެ. ދާއިރާއެއްގެ ރައްޔިތުން އެ މީހުންގެ މަންދޫބުކަން ވަކި ޕާޓީއަކާ ހަވާލުކޮށްފައި ވަނިކޮށް މަސްއޫލިއްޔަތު ހަވާލުކުރި ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި އަމިއްލަ އަމިއްލައަށް މަންދޫބު ޕާޓީ ބަދަލު އެބަ ކުރެއެވެ. އެއް ނަޒަރަކުން އެއީ ވަކި ޕާޓީއަކަށް ތާއީދުކޮށް ހޮވި މެންބަރަށް ތާއީދުކޮށް ވޯޓުދިން މީހުންގެ އިންތިހާބީ ހައްގަށް އަރައިގަތުމެކެވެ.

    ރައްޔިތުންގެ މަޖިލިސް މެންބަރަކު ނުވަތަ އިންތިހާބީ މަގާމެއްގައި ހުރި އެހެންވެސް މީހަކު ޕާޓީ ބަދަލު ކުރަންޏާ އެ މީހަކު އިންތިހާބުވީ ދާއިރާއެއްގެ ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނެކަމަށް ގަބޫލު ކުރެވެއެވެ. ރައްޔިތުންގެ ރުހުން ނެތި އިންތިހާބީ މަގާމެއްގައި ހުރި މީހަކަށް އެ މީހަކު ހޮވުނު ހައިސިއްޔަތު ބަދަލު ކުރުމުގެ ހައްގެއް ލިބިގެނެއް ނުވާނެއެވެ. އިންތިހާބީ މަގާމެއްގައި ހުރި މީހަކު އެ މީހަކު އިންތިހާބުވީ ހައިސިއްޔަތު ބަދަލު ކުރާނަމަ އިންތިހާބީ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ދާއިރާގެ އަގުލަބިއްޔަތުގެ ރުހުން ލިބިގެން ޕާޓީ ބަދަލު ކުރުމަށް މިހާރުވެސް ގާނޫނީ ހުރަހެއް އޮތްކަމަކަށް ނުފެނެއެވެ. މަޖިލީހުގެ ގަރާރަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގިދާނެއެވެ. ފެންނަ ނުފެންނަ ވޯތުގެ ނަތީޖާއާއި އެއްގޮތަށް ބަދަލުވުމާ ނުވުމަށް ނިންމިދާނެއެވެ.

    ކޮންމެ މީހަކަށް ވެސް ފަރުދީ ގޮތުން އެ މީހަކު ބޭނުން ސިޔާސީ ޕާޓީއަކަށް ވަދެ ނިކުތުމަކަށް އެއްވެސް ހުރަހެއް ނެތެވެ. މަޖިލިސް މެންބަރަކަށް ވިޔަސް ކައުންސިލަރަކަށް ވިޔަސް އެ ކަމުގައި ފަރުދީ ހައްގު އެބައޮތެވެ. ހޮދު ރައީސްސުލްޖުމްހޫރިއްޔާއަށް ހުންނަ މީހަކަށް ވެސް އެހެން އެކަން ކުރެވޭނެއެވެ. ކޮންމެ ޕާޓީއަކަށް ކޮންމެ މީހަކުވެސް ހަމަ ވަންނަން ވީއެވެ. އެހެނަސް ވަކި ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފާ ހުންނަ މީހާ ޕާޓީ ބަދަލު ކުރަންވާނީ ރައްޔިތުންގެ ރުހުން އެކަމަށް ހޯދައިގެންނެވެ. ނޫނީ އިސްތިއުފާ ދީފައެވެ. އޭރުން ރައްޔިތުން ބޭނުންވާ މީހަކު އެ މީހުން އަނެއްކާ އިންތިހާބު ކުރާނެއެވެ. 

    ފްލޯކްރޮސިންގ ގާނޫނު ނެތުން ހުއްޖަތަކަށް ހަދައިގެން ޓްރާންސްފަރމާކެޓަށް މަޖިލިސްގޮނޑިތައް ވައްޓާލައިގެންނާއި ޕައިރެޓުން އުޅޭ ޒާތަށް މަޖިލީހުގެ ގޮނޑިތައް ހިސޯރުކޮށްގެން އުޅޭ އުޅުމަށް ގާނޫނީ ފަރުވާއެއް ސްޕްރީމް ކޯޓުން އިސްނަގައިގެން ވެސް ހޯދަދޭން މިހާރު މަޖުބޫރު ވެއްޖެއެވެ. ޕައިރެޓުންގެ ބަޔަކު ޕާޓީއެއް އުފައްދައި އިންތިހާބަކާ ނުލާ މަޖިލީހުގެ ގޮނޑިތައް ގަނެލައިގެން މުޅި ދައުލަތް ހިސޯރުކޮށް ރައްޔިތުންނަށް ވޯޓުން ބަސް ބުނަން އޮތް ބާރު ޕެރެލައިޒް ކޮށްލާކަށް ލަހެއް ފަހެއް ނެތެވެ. 

    މިހާރުވެސް ދަ ޑިމޮކްރެޓެކޭ ފޭރޭމީހުންގެ ބައިގަނޑެކޭ ތަފާތެއް ނެތެވެ. ދަ ޑިމޮކްރެޓްސްގެ މެންބަރަކު މަޖިލީހުގައި ބޭތިއްބުމަށް ވޯޓުދިން އާދަމު ދަރިޔަކު އުޑުބަޅުކުރެއްވި ހިސާބުގައި ނުވެއެވެ. ޑިމޮކްރެޓްސް އަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ވާދަވެސް ކުރިބައެއް ނޫނެވެ. އެކަމަކު މަޖިލިސް މެންބަރުކަމަށް ރައްޔިތުން ދިން އެންމެ ވޯޓެއް ނެތި އެތިބީ މަޖިލީހުގެ ގޮނޑިތަކެއް ފޭރިގަނެގެންނެވެ. ނުވިތާކަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރކަމާއި ރިޔާސަތު ވެސް ވަނީ ފޭރިގެންފައެވެ. 

    ]]>
    Mon, 09 Oct 2023 14:28:46 +0500 ހީރަސްނިއުސް
    ސަރުކާރުގައި ވަގުންގެ ނެޓްވޯކެއް އޮތިއްޔާ މުލުވަގަކީ އަންނި https://heerasnews.com/1899 https://heerasnews.com/1899 ބޮޑު ގަހެއް ވެއްޓޭއިރު ފިސާރި އަޑު ގަދަ ވާނެއެވެ. އަފިއަފި ގަނޑު އިރަ އިރައިގެން ދާނެއެވެ. ދަށުގައި ހުރި އެކިވަރުގެ ގަސްތައް ވެސް ބިމާ ހަމަވާނެއެވެ. މުލުން ލުހެވޭނެއެވެ. ކިރިޔާ ވެސް ސަލާމަތެއް އޮންނާނީ ބިންމަތީން އަރައިނުގަނެ ހުންނަ ބިންހިމަގަސް ފަދަ ގަސްގަހަށެވެ. 

    އާނއެކެވެ. އަންނިގެ އިތުބާރުނެތް ކަމުގެ ވޯޓުނަގާ ގޮނޑިން ވައްޓާލާތަން ބަލަން އީވާމެނަށް ކެތެއް ނުވާނެއެވެ. ޖެހިގެން ދެން އޮންނާނީ އީވާކަން ވެސް އެނގޭނެތާއެވެ. އަނެއްކާ އަލީ އާޒިމާއި ހަސަން ލަތީފާއި އިންތިމެން ނެގިނެގިފައި ޖެހޭނެއެވެ. ފިސާރި ކުކުރުން ކުކުރާނެއެވެ. ލައްކަރުއިން ރޯނެއެވެ. ބަހަނާ ދައްކާނެއެވެ. އެހެން މީހުންގެ ބޮލުގައި ތުހުމަތުތައް އަޅުވާނެއެވެ. މިސާލު ބަހެއްގައި ބުނާހެން "ވަޅިން ނުޖެހުނިއްޔާ މުއްގަޑުންވެސް ޖެހޭތޯ ބަލާނެ"އެވެ. 

    މާ އަމާނަތްތެރި ބަޔަކަށް ވެގެން އީވާމެން އުޅޭނެ ކަމެއްނެތެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ސަރުކާރުގައި ވަގުންގެ ނެޓްވޯކެއް އޮތިއްޔާ އެ ނެޓްވޯކުގެ އެންމެ މުލުވަގަކީ ކެނެރީގެ ނަޝީދެވެ. ދެން ހުންނާނީ އީވާއާއި އީވާގެ ފިރިމީހާއެވެ. އަލީ އާޒިމާއި އިލްޔާސް ލަބީބާއި އަމްރުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ވިލުފުށި އަފީފާއި ހަސަން ލަތީފާއި ޗެކްމާކް އަހުމަދާއި ސިއްޕެއާއި ބޮންޑޭ މެން ކުރީ ކީއްކަން އަމިއްލައަށް ހިތައް އަރަންޏާ ގިލްޓީފީލް ވާނެއެވެ. އެހެން މީހުނަށް ވައްކަމުގެ އިނގިލި ދިއްކުރަނީ ކުރެވުނު ވައްކަންތައް ހަލާލުކުރުމަށާއި ވައްކަން ކުރަން ލިބުނު ފުރުސަތު ގެއްލިގެންނެވެ. 

    ބައެއްގެ ބޮލަށް ޗިޕް ޖެހޭނެކަމަށް މޮޅެތިވާހަކަ ދެއްކިޔަސް އީވާމެން އަލީ އާޒިމް މެންނަކީ ކޮންބައެއްކަން އެންމެނަށް ވެސް އެނގެއެވެ. ފްލޯޓިން ސިޓީ ޕްރޮޖެކްޓެއްގެ ނަމުގައި 2008 އިން ފެށިގެން ދައުލަތް ދަވާލީކޮން ބައެއް ކިހިނެތްކަން ބަލަމާ ބަހީއެވެ. އިޔާދަކުރަނިވި ހަކަތައިގެ ނަމުގައި ރާއްޖެއަށް ލިބުނުހާ ފައިސާ ބައްކޮއްލިވަރު ބަލާލަން އުޅެމާ ހިނގާށެވެ. ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކަށް ދަނޑި ދިގު އުނދުޅި ލައިގެން ނެތް މޮޅު ހޯދީ ކޮންބައެއްތޯ ބަލަން ހިނގާށެވެ.

    ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ ފައިސާއިން މިލިއަން މިލިއަނުގެ ރިޝްވަތު ހޯދުވާ ބޮޑު ބައެއް ޖީބަށް ކަހާލާ އެހެން މީހުންގެ ނަން ހަރާބު ކުރަން މީހުން ލައްވާ ރިޝްވަތު ބެއްސުވީ ކާކުކަން ރަނގަޅަށް ބަލާ ލަމާ ހިނގާށެވެ. ޔާމީނާއި އަދީބާއި ޒިޔަތު ދުނިޔޭގައި އަދި އެބަތިއްބެވެ.  އޭރުން ވައްކަން ސާބިތުވެގެން އަތްފައި ބުރިކުރާނަމަ ތިޔައިން ކޮންމެ މީހަކީ އަތްފައިނެތް ކޮންމަސް ބުރިއެކެވެ.

    ބުނަން ހެއްޔެވެ. އަންނި މަޖިލީހުގެ ރައީސް ކަމުން ވަކިކުރިޔަސް ނުކުރިޔަސް ކޮރަޕްޝަނާ ފަސާދައިގެ މައްސަލަ ބެލުމަކަށް ދައުލަތަށް ހުރަހެއް ނެތެވެ. އަންނި މަޖިލީހުގެ ރައީސް ކަމުގައި ހުރެގެން ބެލުނު ވައްކަމާ ހިޔާނާތުގެ މައްސަލައެއް ނިކަން ބުނެބަލާށެވެ. މަޖިލީސްގެ ރައީސް ކަމުން އަންނި ވަކިކުރަން އުޅެނީ އެމްޑީޕީއަށާއި މަޖިލީހަށައި ދައުލަތަށް ހަރާންކޯރު ވެގެންނެވެ. ގާނޫނާ ހިލާފަށް މަޖިލީހުގެ ރިޔާސަތު ފޭރިގަނެގެން އިނީމައެވެ. 

    އަންނިއާ އީވާ އިސްވެ ތިބެގެން ހޯދާދެވޭނެ އިންސާފެއް އަދުލެއް ނެތެވެ. މަގާމްތައް ހޯދައިގެން ތިބެ ކުރަން އެނގޭހާވެސް ކަމަކީ ފިތުނަ އުފެއްދުމެވެ. މީހުންގެ އަބުރު ކަތިލާ އިންސާނީ ހައްގުތަކަށް އަރައިގަނެ މުޖުތަމައު ފަސާދަ ކުރުމެވެ. 

    ]]>
    Sun, 08 Oct 2023 16:22:55 +0500 ހީރަސްނިއުސް
    ނަޝީދެއް ކަމަކު ވައިނޮޅީގައި ދަތް އެޅުމުން ޖެހޭނީ ފޮޅާލަން https://heerasnews.com/1898 https://heerasnews.com/1898 ރައީސް ނަޝީދަށް މަޖިލީހުގެ ރައީސް ކަން ދިނީ އެމްޑީޕީގެ ރައީސަށް ވިތީއެވެ. އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިބީތީއެވެ. އެމްޑީޕީއަކީ ސަރުކާރު ހިންގާ މައިޕައިޓީ ކަމުގައި ވީތީއެވެ.

    މިހާރު އެ ހާލަތު ބަދަލު ވެއްޖެއެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކޮށް ލައިފިއެވެ. ރައީސް ނަޝީދަކީ މިހާރު އެމްޑީޕީ މެންބަރެއް ނޫނެވެ. އޭނާ އެމްޑީޕީ ދޫކޮށް ދިޔައީ އެމްޑީޕީ އާއްމު މެންބަރުންގެ ގައިގާ ކޮޅުފައިން ޖަހާފައެވެ. ދޫކޮށް ދިޔައިރު ދިޔައީ އެމްޑީޕީގައި މެންބަރުންގެ ގޮތުގައި ހޮވާފައިތިބި 13 މެންބަރުން ވެސް ގޮވައިގެނެވެ. މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 65 އިން 52 އަށް ތިރިކޮށްލާފައެވެ. 

    ނިމި ދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އެންމެ ބޮޑު އަދާވާތްތެރިއަކީ ނަޝީދެވެ. އެމްޑީޕީ ރޫޅާލަން އުޅުނު އިރު އެމްޑީޕީގެ އެތައްހާސް އާއްމު މެންބަރުންނާއި އެމްޑީޕީގެ އެތައް ހާސް ސަޕޯޓަރުންނަށް ކުޑަކޮށް ވެސް ނަޝީދު އިހުތިރާމެއް ނުކުރިއެވެ. އޭނާއަށްޓަކާ އެމްޑީޕީ ވީ ގުރުބާނީއަކީ ނަޝީދުގެ ކުރިމަތީގައި ފަތަފޮޅި ދަށުލީ ފަތްގަނޑަށް ވެސް ނުވިއެވެ. 

    އެމްޑީޕީގެ މެންބަރުންގެ މެޖޯރިޓީން ކަނޑައެޅި ރިޔާސީ ކެންޑިޑޭޓް ނޫން ގޮތެއް ނަޝީދަށް ބޭނުންވީ ހިސާބުން އެމްޑީޕީ މެންބރުން ވެސް ނަޝީދު ނޫން ގޮތެއް ހޯދައިފިއެވެ. އެމްޑީޕީއަކަށް މިހާރަކު ނަޝީދެއް ބޭނުމެއް ނޫނެވެ. ނަޝީދާ ނުލާ އެމްޑީޕީ އުޅެން ދަސްކޮށްފިއެވެ. ނަޝީދު ނޫން މީހަކު ނެތިގެން އުޅުނު އުޅުން އެއީ މާޒީއެވެ. 

    ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވިޔަސް ދިވެހި ރައްޔިތުންގެ ތާއީދު އެމްޑީޕީއަކަށް ނުގެއްލެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ސާފުކޮށް ފެނެއެވެ. ޕީޕީއެމް-ޕީއެންސީއާއި އެމްޑީޕީ ނޫން ބަޔަކީ ރައްޔިތުން ގަބޫލުކުރާ ބައެއް ނޫންކަމަށް ވަނީ ބުނެފައެވެ. ތިންވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް (ނަޝީދު)އަށް ލިބުނު ވޯޓުގެ ފަސްގުނައަށް ވުރެ ގިނަ ވޯޓު އެމްޑީޕީއަށް ފުރަތަމަ ބުރުގައި ލިބުނެވެ. ނަޝީދަކަށް އެމްޑީޕީ ރޫޅައެއް ނުލެވުނެވެ. 

    ނަޝީދަށްޓަކާ 7 އަހަރު މަގުމަތީގައި އެމްޑީޕީ އޮތުމަށްފަހު 2018 ގައި އެމްޑީޕީއަށް ވެރިކަން ލިބުނަސް ވެރިކަމުގައި ނަޝީދު ނޫން މީހަކު ހުރުމުން އެތެރޭގައިހުރެ އެމްޑީޕީގެ ވެރިކަން ހަރާބު ކުރަމުން ދިޔަކަން ނޭގޭ އެކަކުވެސް ނެތެވެ. ކެތްތެރިކަމާއެކު މަޑުމަޑުން ތިބީ ކުރާ އިހުތިރާމަކުންނެވެ. އާހިރުގައި ފުންމައިގެން އަރާ ވައިނޮޅީގައި ދަތް އެޅުމުން ޖެހޭނީ ފޮޅާލާށެވެ. 

    އެމްޑީޕީގެ ކުރިމަގަށްޓަކާ ނަޝީދުގެ ކިބައިން އެމްޑީޕީ ސަލާމަތްވުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. ޒިންމާދާރު އިދިކޮޅު ޕަޓީގެ ގޮތުގައި އެމްޑީޕީ އޮތުމަށްޓަކާ ރައްޔިތުން މަޖިލީހަކީ ނަޝީދުގެ ކިބައިން ސަލާމަތް ކުރެވިފައިވާ ތަނަކަށް ހެދުން މުހިންމެވެ. ޕީޕީއެމް- ޕީއެންސީގެ ވެރިކަން ހަމަ މަގުގައި ހިންގުމަށްޓަކާވެސް މަޖިލީހުގެ ރިޔާސަތުން ނަޝީދާ އޭނާގެ އައުވާނުން އެއްފަރާތް ކުރަންޖެހެއެވެ. ނަށީދާ ބައިވެރިވެގެން އުޅެން ވެއްޖެނަމަ ސަރުކާރު ކޮށިއެރުން ނޫން ކަމެއް ނުވާނެއެވެ. މައިނޯރިޓީ ލީޑަރުކަން ފޭރިގަތް ގޮތަށް މަޖިލީހުގެ ރިޔާސަތުގައި އިނދެ ރައީސުލްޖުމްހޫރިއްޔާގެ އަތް ބަންނާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. 

    ގައުމުގެ ހަމަޖެހުމާ މަޖިލީހުގެ ކަރާމާތަށްޓަކައި އެމްޑީޕީއާއި ޕީޕީއެމް-ޕީއެންސީ ގުޅިގެން ނަޝީދުގެ ކިބައިން މަޖިލިސް ސަލާމަތް ކުރަންޖެހެއެވެ. އެކަމުގެ ވަގުތު މިހާރު ޖެހިއްޖެއެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެއެއްޗެއް ނޫނެވެ. 

    ]]>
    Sun, 08 Oct 2023 14:29:26 +0500 ހީރަސްނިއުސް
    މުއިއްޒުގެ ވެރިކަން ހަރާބު ކުރާނެ ކަތުރުފަނި https://heerasnews.com/1895 https://heerasnews.com/1895 ރާއްޖޭގައި އަލަށް އުފެދޭ ސަރުކާރުގައި ކަތުރުފަނި އެޅުމަކަށް ރައްޔިތުން ނޭދެއެވެ. ނިމެމުން ދާ ސަރުކާރާ މެދު ރައްޔިތުންގެ ގިނަ ބައެއްގެ ނުރުހުން އުފެދުނު ބޮޑެތި ސަބަބުތައް މެދުވެރި ކުރުވީ ކާކު ކީއްވެކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެނގެއެވެ. 

    އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމުގެ ނަމުގައި ވަރުގަދަ އެގްރީމްންޓްތައް ހަދައިގެން އިންޑިއާއަށް ރާއްޖެ ބަރޯސާ ކުރުވީ ރައީސް ނަޝީދު ވެރިކަމުގައެވެ. ރާއްޖޭގެ ސްޓްރެޓެޖިކް ގިނަކަންކަން އިންޑިއާ އެކު ހިއްސާ ކުރުމުގެ ދޮރު ތައްމިނަށް ހުޅުވާލީ ރައީސް ނަޝީދެވެ. ސިފައިންނާއެކު އިންޑިއާގެ ހެލްކޮޕްޓަރ ރާއްޖޭގައި ބޭއްވުމުގެ މަގު ހުޅުވާލީ ރައީސް ނަޝީދެވެ. ރައީސް ވަހީދާއި ރައީސް ޔާމީނާއި ރައީސް ސޯލިހު ކުރިއަށް ވަޑައިގަތީ އެމަގުންނެވެ. ފަހަރަކަށް ވުރެ ފަހަރެއް އިންޑިއާގެ މައްޗަށް ރާއްޖެ ބަރޯސާވުން ބޮޑުވަމުން ދިޔައީ ރައީސް ނަޝީދު ހުޅުވާލެއްވި މަގުންނެވެ. ގައުމީ ސަލާމަތައް ނުރައްކާ ވެއްޖެ ކަމަށް ހީވާ ވަރަށް އިންޑިއާގެ މައްޗަށް ރާއްޖެ ބަރޯސާ ވެގެން ދިޔައީ ރައީސް ނަޝީދުގެ ނުބައިކަމުންނެވެ. 

    މޮރިޝަސްއާއި ރާއްޖެއާއި ދެމެދު އޮތް އިގްތިޞާދީ ސަރަހައްދުގެ މައްސަލައިގެ ފެށުމަކީ ރައީސް ނަޝީދު އިނގިރޭސިންނާއި އިންޑިއާގެ މަސްލަހަތު ކުރިއަށް ނެރުމެވެ. ޗާގޯހުގެ ސިޔާދަތީ ބާރުގެ މައްސަލައިގައި ރާއްޖެއިން ނެގި ސްޓޭންޑެއް ނެގުމުގައި ރައީސް ނަޝީދުގެ ދައުރު ބޮޑެވެ. ކަމުގެ ތަފްސީލަށް ދިޔުމުގެ ބޭނުމެއް މިހާރަކު ނެތެވެ.

    ނިމިގެން މިދާ އެމްޑީޕީ ކޯލިޝަން ސަރުކާރުގެ ފެށުމުން ފެށިގެން ހަތަރު އަހަރު ވާންދެން ސަރުކާރުގައި ހިނގީ ރައީސް ނަޝީދުގެ ބަހެވެ. ކޯލިޝަން މައިޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ސޯލިހު ފޭލިކޮށްލުމަށް އެތެރޭންނާ ބޭރުން ރައީސް ނަޝީދު ނުކުރައްވާ ކަމެއް ނެތެވެ. އެވާހަކަވެސް ދައްކާކަށް ނެތީމެވެ. އޭގެ ފަހަތުގައި އޮތީ ކޮންބައެއްގެ މަސްލަހަތެއް ކަމެއް ދިވެހިންނަކަށް ނޯޅެއެވެ.

    އިގުތިސާދީ ސަރަހައްދުގެ މައްސަލައާއި އިންޑިއާއަށް ރާއްޖެ ބަރޯސާވެފައި އޮތުމުގެ މައްސަލައަކީ ރައްޔިތުންގެ އެތައް ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ސަރަހައްދުން ބައެއް ނުގެއްލޭކަމާއި އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދާނެއެއްވެސް ގޮތެއް ނެތްކަމަށް ރައީސް ސޯލިހު ސަރުކާރުން ބުނަމުން އައިބުނުން ގިނަ ރައްޔިތުން ގަބޫލު ނުކުރުމުގެ ސިއްރަކީ ރައީސް ނަޝީދު މެދުވެރިވެ ވަޑައިގެން ފެތުރުއްވި އިންޑިއާގެ ނުފޫޒެވެ. ނަތީޖާއަކީ ރައީސް ސޯލިހަށް ދެވަނަ ދައުރު ލިބި ވަޑައި ނުގަތުމެވެ. 

    އިމާ މިނިވަންކަމަކީ ކޮންޕްރަމައިޒް ކުރެވެން ނެތް ދެކަންކަން ރައްޔިތުން ވޯޓުން ވަނީ ދައްކާފައެވެ. ސަރުކާރުން ދެއްކި އެއްވެސް ވާހަކައެއް ގިނަ ރައްޔިތުން ގަބޫލެއް ނުކުރިއެވެ. ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބުކުރީ އެހެން ވެގެނެވެ. ގެއްލުނު ކަމަށް ބުނާ ކަނޑާއި ޗާގޯސް ރާއްޖެއަށް ހޯއްދަވާ ދެއްވާނެތީއެވެ. ތިބިކަމަށް ބުނާ އިންޑިޔާ ސިފައިން ބާލާ އިންޑިއާގެ ހަންފެތުރުން ނިމުމަކަށް ގެންނަވާނެތީއެވެ. 

    ހެލްކޮޕްޓަރުތަކާއި ޑޮނިއަރ ބޯޓާއެކު ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭރުކުރުމުގައި އެއްވެސް ކޮންޕްރަމައިޒެއް އޮތުމަކަށް ރައްޔިތުން ނޭދެއެވެ. ދަރަނި ރިސްޓްރަކްޗަރ ކުރުމުގައި މަޝްވަރާ ކުރުމަކަށް މާބޮޑު މައްސަލައެއް ނެތެވެ. ޑރ. މުއިއްޒަކީ ކުރީގެ ވެރިންހެން އިންޑިއާގެ އުނގަށް ވެއްޓި ނުތެދުވެވިގެން އުޅޭ ވެރިއަކަށް ވުމަކަށް ރައްޔިތުން ނޭދެއެވެ. 

    އެހެނަސް އެހެން އެކަންވުމަށްވުރެ ގާތީ ނުވުމާއެވެ. 2008ގެ ފަހުން އިންޑިއާ ރާއްޖެ ނަގޫ ގޮށް ޖައްސުވާ މީހަކީ ރައީސް ނަޝީދެވެ. ނަޝީދުގެ އަބަދުގެ މަސައްކަތަކީ އިންޑިއާ ބޭނުންވާ ގޮތަށް ރާއްޖެއިން ކަންކަން ފަހިކޮށް ދިނުމެވެ. އިންޑިއާއަށް ފަހިކޮށް އެއްވެސް ވެރިޔަކު ކުރާ އެއްވެސް ކަމަކަށް ކިތަންމެ ވަރެއް ވިޔަސް ރައީސް ނަޝީދު ގޮތްފާޑެއް ނުކިޔާނެއެވެ. ނުކިޔައެވެ. ރައީސް ވަހީދެއް ރައީސް ޔާމީނެއް ރައީސް ސޯލިހެއް ކިޔާނެ ކަމެއް ނެތެވެ. އެނޫން ކޮންމެ ކަމެއްގައި ހީވާނީ އަލިފާން ޖެހިގެން އުޅޭ ހެންނެވެ.

    އިންތިހާބީ ރައީސް ޑރ. މުއިއްޒާ މެހިގަނެގެން ރައީސް ނަޝީދު ކުރައްވަން އެއުލުއްވާ ކަމަކީވެސް އިންޑިއާއަށް ފަހި މާހައުލެއް މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގާއިމު ކުރާށެވެ. ރައީސް ނަޝީދުގެ މަޅީގައި ޖެހިވަޑައިގެން ޑރ. މުއިއްޒަށް ވެސް ޖެހިވަޑައިގަންނަވާނީ ހިފެހެއްޓެވި އުސޫލުތައް ދޫކޮށް ލައްވާށެވެ. އިންޑިއާގެ މަސްލަހަތުގައި އިންޑިއާ އައުޓްވެސް ކޮމްޕްރަމައިޒް ކުރައްވާށެވެ.

    ]]>
    Sat, 07 Oct 2023 19:08:05 +0500 ހީރަސްނިއުސް
    ޕްރޮގްރަސިވް ކޯލިޝަނުން ޕީއެންސީ ވަކިވުން https://heerasnews.com/1891 https://heerasnews.com/1891 އަދާލަތު ޕާޓީން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ޑރ. މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް އެ ވަޑައިގަތީ ދިހަ ވަރަކަށް އަހަރުގެ މަސައްކަތްޕުޅުންނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާފައި އުފެދުނު ޑރ. ވަހީދު ސަރުކާރުގެ ވަޒީރުކަން ހޯއްދެވީ އަދާލަތުންނެވެ. އަދާލަތު ބައިވެރިވާ ޕްރޮގްރަސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް 2013ގައި ވެރިކަން ލިބިވަޑައިގަތުމުން ހައުސިން މިނިސްޓަރުކަމުގެ ސްލޮޓް އޮތް އެމްޑީއޭއަށް މަގާމު ހޯއްދެވުމަށް ބަދަލުވެ ވަޑައިގަތީ އަދާލަތަށް ދޮންކަޅު އަންގަވާ ނުލައްވައެވެ. އެމްޑީއޭއަށް ބަދަލުވެ ވަޑައިގެން ހައުސިން މިނިސްޓަރުކަން ހޯއްދަވައިގެން އޭރު ވެރިކަން ކުރާ މައިޕާޓީ ޕީޕީއެމަށް ބަދަލުވެ ވަޑައިގަތެވެ.

    ރައީސް ޔާމީނުގެ ވެރިކަން ނިމި އެންމެ ހުތޫރަތްތެރި ދަނޑިވަޅުގައި ދަނޑިވަޅުބައްލަވާ ޕީޕީއެމް ޓިކެޓްގައި މާލޭ ސިޓީ މޭޔަރުކަން ހޯއްދެވީ ވެރިކަން ކުރާ އެމްޑީޕީގެ މައްޗަށް ގަދަވެ ގަނެގެނެވެ. މާބޮޑު ގާތްކަމެއް ރައީސް ޔާމީނާ ނެތް ކަމަށް ދައްކައިގެންނެވެ. މޭޔަރު ކަމުގައި ހުންނަވައިގެން ދޮން ކުރެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެއްވެސް މީހަކަށް ނުލިބޭނެކަން ކަށަވަރުވުމުން ޕީއެންސީއަށް ކުއްލިއަކަށް ބަދަލުވެ ވަޑައިގެން ޕްލޭން ބީ އިން ޓިކެޓް ކަށަވަރު ކުރެއްވީއެވެ. ޕީޕީއެމްގެ ރައީސް ޔާމީނު އިންތިހާބު ބޮއިކޮޓްކުރަން ގޮވާލައްވަނިކޮށެވެ.

    އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޖަލު ބަންދުގައި ހުންނެވި ރައީސް ޔާމީނުގެ ފޮޓޯފުޅާއި ރައީސް ޔާމީނުގެ ސިޔާސީ ހުރިހާ ހަކަތައަކާއި ބާރަކާއި ބޭނުން ކުރައްވައިގެން ގާނޫނާ ހިލާފަށް ކެންޕޭން ކުރައްވައިގެން ޑރ. މުއިއްޒު އެހުންނެވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެނެވެ. ތިންހާސް ހަމަނުވާ ކުޑަކުޑަ ޕާޓީއެއްގެ ޓިކެޓް ހިއްޕަވައިގެން ނިކުންނަވައެވެ. ޕީޕީއެމްގެ ސައްތައިން ސައްތަ މަސައްކަތުންނެވެ.

    ކޮންމެ ގޮތެއް ހައްދަވައިގެންވެސް އިންތިހާބު ކާމިޔާބު ކުރެއްވުނީމާ ނިމުނީތާއެވެ. އެހިސާބުން އެވަނީ ރައްޔިތުންގެ ރައީސަށެވެ. މަގާމް ހޯއްދަވާ ދެއްވަން މަސައްކަތްކުރި މީހުން ބުނާހާ ކަމެއް ބުނާހާ ގޮތަކަށް ކޮށްދޭކަށް ނުވެސް ޖެހޭނެތާއެވެ. ވަރުގަދަ ލީޑަރެއްގެ އަތްޕުޅުން ޓިކެޓް ފިރުކައިގަނެގެން އެ ޓިކެޓްގައި ނިކުމެ ވެރިކަން ހޯދޭނީ ފިސާރި ހުޝިޔާރު ސްމާޓް މީހަކަށެވެ. ޑރ. މުއިއްޒަކީ އެ މީހާއެވެ. 

    ޑރ. މުއިއްޒުގެ ކުޅަދާނަކަން ދެކި ބަލާށެވެ. ޕީޕީއެމްގެ ޓިކެޓްގައި ރަނިންގ މޭޓަކަށް ނިކުންނެވި ހުސައިން މުހައްމަދު ލަތީފް (ސެންބެ) ޕީޕީއެމް ދޫކުރައްވާ ޕީއެންސީއަށް ބަދަލުވެ ވަޑައިގެން ފެށޭ ވެރިކަމުގެ ރިޔާސަތުން ޕީޕީއެމްގެ ކުލަ ފިލުވާލީއެވެ. ހަމަ އެއާއި އެކު ޕީއެންސީގެ ރައީސް ކަމާއި ނައިބު ރައީސްކަމަށް އިންތިހާބީ ރައީސާއި ނައިބު ރައީސް ހަމަޖެހިގެން ދިޔައީ ބަސްބުނާހާ އަވަހަށެވެ. ދެން އިވޭނީ ޕްރޮގްރަސިވް ކޯލިޝަނުން ޕީއެންސީ ވަކިވާ އަޑެވެ. އެހެން ބައެއްގެ ބައިވެރިވުމެއް ނެތް ޕީއެންސީގެ ފުރިހަމަ ވެރިކަމެއް ގާއިމުވެގެން ދާތަން 17 ނޮވެންބަރގައި ފެންނާނެއެވެ. 

    އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވާ ގޮތުން އެމަނިކުފާނަކީ މީހެއްގެ މީހެއް ނޫނެވެ. ރައްޔިތުންގެ މީހެކެވެ. ވެރިކަމަށް ވަޑައިގެންނެވުނީ ކޮންމެ ހެނެއް ހަދައގެން ކަމަށް ވިޔަސް ޑރ. މުއިއްޒަކީ ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަނިކުފާނަށް ހެޔޮވެރިކަމެއް ކުރެއްވުމަށް ޖާގަ ދޭން ޖެހެއެވެ. އެ މަނިކުފާނާ ވާދަކުރެއްވި ރައީސް ސޯލިހު ވެސް އެ ހުންނެވީ އެގޮތުގައެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީވެސް އޮތީ ޑރ. މުއިއްޒަށް ވެރިކަން ކުރެއްވުމަށް ޖާގަދީގެން ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި މަސައްކަތް ކުރުމަށް ރުހިގެންނެވެ. މިހުރިއްޔަކީ ރައީސް ޔާމީނަށް ކެތްކުރެއްވޭ ވަރުގެ ކަންކަމަކަށް ނުވާނެއެވެ.

    ]]>
    Thu, 05 Oct 2023 16:42:16 +0500 ހީރަސްނިއުސް
    ނަޝީދަށް ބަރުލަމާނީ ގުއިވުން https://heerasnews.com/1886 https://heerasnews.com/1886 ނިޒާމީ ވޯޓު ނުނަގާ އެންމެ ދުވަހެއް ވެސް ލަސްކުރާނެ ކަމެއް ނެތެވެ. ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ގޮތަށް އަވަހަށް އެ ވޯޓު ނަގާ ޑިމޮކްރެޓްސް ޕާޓީގެ އަސްލު ސައިޒު ބުނެދޭން އެބަ ޖެހެއެވެ. އުސްތާޒާ ހިސާން ހުސެއިން އެ ވިދާޅު ވަނީ ރަނގަޅަށެވެ.

    ދިވެހި ރައްޔިތުންނަކީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ގުނބޯތަކެއް ނޫންކަން އެ މީހުނަށް ސާފުވާން އެބަޖެހެއެވެ. އެމީހުންގެ ސައިޒް އެމީހުނަށް އަންގަދޭން އެބަ ޖެހެއެވެ.

    ނިޒާމީ ވޯޓު ނެގިފަހުން އަށްޑިހަ ހާހެއްހާ މީހުން ވޯޓަށް ކުފޫ ހަމަވާތީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްގެން ބޮޑުވަޒީރުކަން ހޯދިދާނެ ކަމަށް ރައީސް ނަޝީދަށް ހީވާ ކަހަލައެވެ. ވެރިކަމުގެ ނިޒާމަކީ ދެއިރުކާ ބޭހެއްހެން ބަދަލު ކުރަން އޮންނަ އެއްޗެއް ނޫނެވެ. ރައީސް ނަޝީދަށް ހެޔޮވަރަށް ފަހާދޭ ކޯޓަކަށް ދައުލަތް ހިންގުމުގެ ނިޒާމް ބަދަލު ކޮށްދޭކަށް ނުޖެހެއެވެ.

    އަމިއްލަ މުށަށް ލައިގެން ގެންގުޅުނު ޕާޓީ ލޮނދި ހިކައެއްހެން އަތުން ލޫދިގެން ދިޔުމުން ފަޔަށް ހިނި އަރައިގެން އުޅުނަސް އެންމެނަކު އުޅެނީކީ ފަޔަށް ހިނި އަރައިގެނެއް ނޫނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދު އެކީ އެކައްޗަކަށް ގެއްލި ޕާލަމެންޓްރީ ގްރޫޕުގެ ކޮންޓްރޯލް ގެއްލި އެމްޑީޕީގެ ސެކެރެޓެރިއޭޓް ގެއްލި ރިޔާސީ ޓިކެޓް ގެއްލުމުން ވެސް މައިތިރިވެ އިސްލާހު ވާކަށް ނޫޅެވުނެވެ.

    ފިކުރެއް ދިރުވަން އުޅެގެން އެޅުނީ ބޮލާ ފޮށައެވެ. ޑިމޮކްރެޓް ވީވީނުން ޕާޓީއަށް ހަމަވީ ކިރިޔާ ތިންހާހެވެ. އެމްޑީޕީ ރޫޅާލަން ގޮވަމުން ހިތުން ލިބުނު މޮޅުގާ ބަރުލަމާނީ ބޮލަށް ލައިގެން ދުއްވައިގަތީ ގާސިމް ބާނާށެވެ. ކޮށްލީ ސައްޕު ޖަހާ ބޭރެވެ. ބަރުލަމާނީ ދޮލަނގާއެކު ގޮސްޖެހުނީ ޕީޕީއެމް ފައިބުޑަށެވެ. ޕީޕީއެމުން ފައިކުރުކޮށްފާ ޖެހުމުން ތެދުވެ ނިކުތީ ރިޔާސީ ރޭހަށެވެ. 

    ވަހީދަށް ވީވަރު ނުވެ ސަލަމަތްވީ ކިރިޔާއެވެ. ލިބުނީ އެންމެ ހަތް ޕަސެންޓެވެ. މިވަރުންވެސް ރައްޔިތުން ތިބިގޮތް ނަޝީދަކަށް ސާފެއް ނުވިއެވެ. ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ދެކެންޑިޑޭޓުންނާ ކައިރިކޮށްލާ ވަރުގެ ވޯޓެއް ލިބުނު ނަމަވެސް ރަނގަޅުތާއެވެ. ދެވަނަ ބުރުގައި ފަޅިއެއް ނުނަގާ ހުރެ ދިމާކުރީ ރައީސް ކަމަށް ހޮވޭ މީހެއްގެ އަތް ބަންނާށެވެ. ރައްޔިތުން ހޮވާ ރައީސަކީ އާރެއް ބާރެއްނެތް ކޮންމަސް ބުރިއަކަށް ހަދާފާ ބަރުލަމާނީ ގެނެސްގެން ދައުލަތް ހިންގުން ފޭރިގަންނާށެވެ. 

    ޑރ. މުއިއްޒު ރައީސްކަމަށް ހޮވުމުން އެމްޑީޕީގައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން ބޮޑުވަޒީރުކަމާއި އެމްޑީޕީ ނަޝީދު އަތަށް ކަހާލެވޭނެ ކަމަށް ހީކުރުމަކީ އޭނާގެ ދެއުޅި އެއްނުވާ ކަމެވެ. ބޭނުންވީ ގޮތަށް ކަންނުވާނެ ކަން ޔަގީން ވުމުން އަމިއްލައަށް ހުށަހަޅާ ފާސްކޮށް ތަންފީޒު ކުރަން ކޮށިއަރައިގެން އުޅުނު ގަރާރު ގުއިވީއެވެ. ބަރުލަމާނީ ވޯޓު ނެގުމަކީ މިހާރަށް މުހިންމު ކަމަކަށް ނުވިއެވެ. 

    އެމްޑީޕީ ބޭނުން ނެތަސް ޕީޕީއެމް-ޕީއެންސީ ބޭނުން ނެތަސް ބަރުލަމާނީ ވޯޓުނަގާ ނަޝީދުގެ ސައިޒް ނަޝީދަށް އަންގާދޭން ޖެހެއެވެ. ހަމަތެދެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ދެން ނަޝީދު ކުރިމަތި ލިޔަސް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެވޭ ވަރުގެ މަގުބޫލު ކަމެއްވެސް މި ގައުމުގައި ނަޝީދުގެ ނެތެވެ.

    ]]>
    Wed, 04 Oct 2023 17:42:50 +0500 ހީރަސްނިއުސް
    ލާދީނީ ފިކުރު މުއިއްޒު ފުހެލާނެ! https://heerasnews.com/1884 https://heerasnews.com/1884 އީދުގައި ކުލަބޮކި ދިއްލާ ތަކުބީރުގެ އަޑު ގަދަކޮށްލުން ނޫން ހުރިހާ ކަމެއް ޑރ. މުއިއްޒު އިންތިހާބު ވުމުން ރާއްޖޭގައި ފުރިހަމަވެ ނިމުނީ ހެއްޔެވެ. ލާދީނީ ސަރުކާރެކޭ ބުނެ ސަރުކާރެއް ވޯޓުން ފޭލުކޮށްލުމަށް ފަހު، ދިވެހީންގެ ރާއްޖޭން ލާދީނީ ފިކުރު މުޅިން ފުހެވި ސަލަފުއްޞާލިޙުންގެ ޒަމާނާ އެއްފަދަ ދައުލަތަކަށް ދިވެހި ދައުލަތް ޑރ. މުއިއްޒަށް ބަދަލުކޮށް ލެވޭނެ ހެއްޔެވެ. ގައުމުގެ އެންމެންނަކީ އިސްލާމު ދީނުގެ ޞައްޙަ އަގީދާގައި ސާބިތުވެތިބޭ ބަޔަކަށް ވާތަން ދެކެން ވަރަށް ބޭނުމެވެ. 

    އިސްލާމް ދީންގެ ހިމާޔަތުގައި ބަޔަކު ނިކުމެ ދިވެހި ތަޚުތަށް ޑރ. މުއިއްޒު ހޮވައިފިއެވެ. ސަރުކާރުގެ މަތިފަޑިން ލާދީނީ މީހުން ކަމަށް ބަޔަކު ތުހުމަތުކުރާ ދިވެހިން ތަކެއް ފެންނަކަމުގެ ބަހަނާގައި ހަޖަމު ނުވެގެން ނިކުތް ބަޔަކު ނިކުމެ ވެރިކަން ބަދަލުކޮށް ލައިފިއެވެ. ޑރ. މުއިއްޒުގެ ސަރުކާރުގެ މަތިފަޑިން ބޯނިވާ ނުކުރާ ރަނގަޅަށް އައުރަ ނިވާ ނުކުރާ އަންހެނަކު އަދި މަތިމަސް ނެތް ތުނބުޅި ހުރި ފިރިހެނަކު ނޫނީ ނުފެންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

    ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކުގައި ހެދުންލައިގެން އޮރިޔާމާ ނޫޅޭ ބަޔަކު ތިބޭނެ ކަމުގެ އުންމީދު ބޮޑެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ލާދީނީ ވިސްނުމުގެ އެންމެންހެން ދީނީ ބަޔކަށް ހަދާލާތަން ނިކަން ދެކޭ ހިތްވެއެވެ. އިސްލާހު ނުވާ ކޮންމެ މީހެއްގެ މައްޗަށް އިސްތިސްނާއެއް ނެތި އިސްލާމީ ޝަރީއަތް ތަންފީޒު ކުރެވިގެން ދާތަން ފިސާރި ދެކެން ބޭނުމެވެ. 

    އެންމެ ދިވެއްސަކު ވެސް ބަނގުރާ ބޮއެގެން އުޅޭއަޑު އަހާކަށް ބޭނުމެއް ނޫނެވެ. ބަނގުރާ ވިއްކާ ވިޔާފާރި ކުރުން ނެތި އިގްތިސާދު ކޮޅަށް ޖަހާލާތަން ފެންނާނެ ތާއެވެ. ޑްރަގް ނެގުމާ ޑްރަގް ޑީލްކުރުން އެއްވެސް ވަރަކަށް ނެތި ހުޅުހުޅުން ދޫވެފައި މަގުމަތީގައި ބަޔަކު ނޫޅޭ ދުވަސް އަންނަނީ ތާއެވެ. ޒިނޭ ކުރުމާއި ހަށިވިއްކުން މުޅިން ހުއްޓުވާ ލާނެތާއެވެ. ދޮގު ހެދުމާ ދޮގު ފެތުރުން ހަތިމް ވެގެން ދާނެތާއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ އަމްދުން ނެތް ކަމަކަށް ހަދާލާނެތާއެވެ. ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ކުލަވެސް ނުއޮންނޭ ދުވަހަކަށް އަލިވިލެނީ ތާއެވެ. 

    ވައްކަމާއި ފޭރުމާއި ހިޔާނާތްތެރިވުން މުލުން ލުހެވިގެން ދާތަން ފެނުމަށް އެދެވެއެވެ. ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ނެތި ހިނގައްޖެ ކަމުގެ އިހުސާސް ރައްޔިތުން ކުރާތަން ދެކިލާ ހިތްވެއެވެ. މަނީލޯންޑް ކުރުމަކީ ނެތް ކަމަކަށްވެ މަކަރާ ޙީލަތް ހެދުމަކީ ދަންނަ ކަމަކަށް ވެސް ނުވާ ދުވަސް ދާދި ކައިރި ވެއްޖެއެވެ. ކޮރަޕްޝަނާއި ފަސާދައަކީ ނެތް އެއްޗަކަށް ވާނެއެވެ. ރިބާ ކީއްކުރަން ހެއްޔެވެ. އިންޓަރެސްޓްގެ ނަމުގައި ވެސް ދަރަންޏެއް ނުވަތަ ލޯނެއްގެ މުއާމަލާތެއް ނުހިންގާނެ ތާއެވެ. 

    ދެބަވޮޑުވުމާއި ނެތި މޮށުމުގެ އަސަރެއް ވެސް ނެތް ދިވެހިންގެ ރާއްޖެއަށް ދެވެނީއެވެ. އެ ތާނގާ އަބުރާ ބެހުމާއި އިންސާނީ ކަރާމާތް ނަގަލާ އެކުވެސް ނޫޅޭނެއެވެ. މަލާމާތާއި ފުރައްސާރަ ކުރުމަކީ އޮތް ކަމަކަށް ނުވާނެއެވެ. ހައްދު ޖެހުމާއި އަތްކެނޑުމާއި ރަޖަމް ކުރުމާއި ޤިޞާޞް ހިފުމުގައި މިސާލެއްނެތް ފަދަ ގައުމަކަށް ދިވެހީންގެ ރާއްޖެ ވާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ. 

    ބަރާބަރަށް ފަސް ވަގުތު ނަމާދު ގާއިމު ނުކުރާ އެކަކު ނެތި ޒަކާތް ދިނުމާއި ރޯދަހިފުމާއި ހައްޖުވުމުގައި ދެވަނައެއް ނެތް ދީންވެރި ބަޔަކަށް ދިވެހި ހުރިހާ ރައްޔިތުން ބަދަލުކޮށްލާ ސަރުކާރަކަށް ޑރ. މުއިއްޒުގެ ސަރުކާރު ވެގެން ދާތަން ފެނުމަށްވުރެ އެދޭ އެހެން ކަމެއް ނެތެވެ.

    ސުވާލަކީ ދިވެހީންގެ ރާއްޖެއަކީ އިސްލާމް ދީނުގެ ސައްހަ އަގީދާއާއި އެއްގޮތަށް އިސްލާމީ ޝަރީއާ ތަންފީޒު ކުރުމުގެ ހިތްވަރާ ފަންވަރު ޑރ. މުއިއްޒުގައިގާ ހުންނާނެ ކަމާ މެދު އުފެދޭ ސުވާލެވެ. ލާދީނީ އަސަރު ފުހެލަން ޑރ. މުއިއްޒަށް ކުރެއްވޭނެ ކަމަކީ ކޮބައިކަމާމެދު އުފެދޭ ސުވާލެވެ.   

    ]]>
    Tue, 03 Oct 2023 18:09:45 +0500 ހީރަސްނިއުސް
    މުއިއްޒުގެ ޑައިޕަރ އަކަށް ޕީޕީއެމް https://heerasnews.com/1881 https://heerasnews.com/1881 މަންޒަރު ބަދަލުވަމުން ދާގޮތް ވަރަށް ސާފެވެ. ޕީޕީއެމުން ޑރ. މުއިއްޒު އެންޑޯސްކުރީ ޕީޕީއެމްގެ ރައީސަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ އެއްވެސް ފުރުސަތެއް ގާނޫނީ ގޮތުން ނުލިބުމުންނެވެ. ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން އެހެން ބޭފުޅަކަށް ޓިކެޓް ދިނުމަށް ހިންގަން ޖެހޭ ތަރުތީބުތައް ހިންގައިގެން ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެވޭހާ ވަގުތު ނެތިގެންނެވެ. ޕީޕީއެމްގެ ރަނިންގ މޭޓަކާއެކު ޕީޕީއެމްގެ ބެކަޕް ޕާޓީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޕީޕީއެމުން އެންޑޯސްކޮށް އިންތިހާބު ކާމިޔާބު ކުރުވީ ޕީޕީއެމްގެ ވެރިކަމެއް ގާއިމު ކުރުމަށެވެ.

    ޕީޕީއެމްގެ އުންމީދު ކިތަންމެ ފޮންޏަސް ހަގީގަތް ބަދަލުވަމުން ދަނީ ޕީޕީއެމަށް ވަރަށް ހިތިކޮށެވެ. ރާއްޖޭގައި އަލަށް އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރަކީ ޕީޕީއެމްގެ ބާރެއް އަދި ބައިވެރި ކުރުމެއް ނެތް ސަރުކާރެއްކަން މިހާރު ޔަގީން ވެއްޖެއެވެ. ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ޑރ. މުއިއްޒު ވާދަ ކުރެއްވީ ޕީޕީއެމްގެ ރަނިންގމޭޓަކާ އެކުގައެވެ. ވިއްކެވީ ޕީޕީއެމްގެ ރައީސް އަބްދުއްލާ ޔާމީނުގެ ފޮޓޯފުޅެވެ. ކެންޕޭނުގެ އިސްދައުރު އަދާކުރީ ރާއްޖޭގެ ކަންކޮޅުގައި ތިބި ޕީޕީއެމްގެ ލީޑަރޝިޕާއި ޕީޕީއެމްގެ ގްރާސްރޫޓެވެ. ކެންޕޭނުގެ މައި ޝިއާރަކީ ޕީޕީއެމްގެ ރައީސް ޔާމީނު މިނިވަން ކުރުމެވެ. 

    ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު މަންޒަރު ބަދަލުވާން ފަށައިފިއެވެ. ޑރ. މުއިއްޒުގެ ޕީޕީއެމް ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފް ނައިބު ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންތާ 72 ދެގަޑިއިރު ނުވަނީސް އެ މަނިކުފާނު ޕީޕީއެމް ދޫކޮށްލައްވާ ޕީއެންސީގެ މެންބަރަކަށް ވެވަޑައިގަތީއެވެ. އައު ސަރުކާރުގެ އިސް ސަފުން ޕީޕީއެމްގެ ނަން ފުހެލެއްވީއެވެ. 

    ޑރ. މުއިއްޒުގެ ސަރުކާރުގައި ޕީޕީއެމްގެ ބާރެއް ނެތްކަން ވަރަށް ރަގަޅަށް ސާފުވީއެވެ. ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ހަރުގަނޑެއްގެ ގޮތުގައި ޕީޕީއެމް ބޭނުން ކުރެއްވުމަށް ފަހު ބާރު ލިބި ވަޑައިގަތުމުން ޕީޕީއެމްގެ ބާރު ކަނޑުވާލީއެވެ. ކަޅުއޮށުގެ ބަނޑު ދަށުގައި ހުރެ ކޮރަކަލި ބޮޑުވެ ކަޅުއޮށް ކާލާހެން ޕީޕީއެމްގެ ހިޔަނިން ޕީއެންސީ ބާރަށް އައިސް ޕީޕީއެމްގެ ބާރު އެކީ އެކައްޗަކަށް ކަނޑުވާލީއެވެ.

    އެއްސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވުމުގެ މަރުހަލާގެ ކަންކަން ހިންގުމުގެ އިސްވެރިއަކީ ޕީއެންސީގެ ރައީސް އަދުރޭ ކަމުގައި ހަމަޖެހިގެން ދިޔުމުން ވެސް އުފެދެނީ ޕީޕީއެމް ސަރުކާރެއް ނޫންކަމާއި ޕީއެންސީ ސަރުކާރެއްކަން އެނގެއެވެ. ސަރުކާރުގެ ނުފޫޒު ގަދަ ހުރިހާ މަގާމެއްގައި ވެސް ތިބޭނީ ޕީއެންސީ މެންބަރުން ކަމާމެދަކު މިހާރަކު ޝައްކެއްނެތެވެ. ދެން ފެނިގެން ދާނީ ފަތުއަޑު ކިޔާފާ ޕީއެންސީއަށް މީސް މީހުން ސޮއިކުރާ ތަނެވެ. 

    އިންތިހާބުވެ ވަޑައިގަތުމާއެކު ރައިސް ޔާމީނު ގެއަށް ގެނެސް ދެއްވުމަށް ޑރ. މުއިއްޒު އެދިވަޑައިގަތީ ޕީޕީއެމްގެ އާންމު މެންބަރުންގެ ހިތްހަމަ ޖައްސާދެއްވުމަށެވެ. ޕީޕީއެމްގެ ރައީސް ޔާމީނު އެހާ އަވަހަށް ގެއަށް ބަދަލު ކޮށްދެއްވަފާނޭ ކަމަކަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ހީފުޅެއް ނުކުރައްވައެވެ. އިންތިހާބީ ނައިބު ރައީސް ޕީޕީއެމުން ޕީއެންސީއަށް ބަދަލު ކުރުވީ ގޭބަންދުގައި ހުންނެވި ޕީޕީއެމްގެ ރައީސް ޔާމީނުގެ ނުފޫޒެއް ސަރުކާރު އެކުލަވާލުމުގައި ފޯރަފާނޭ ކަމަށްޓަކާ ޕީޕީއެމާ އޮތް ލިންކް ކަނޑާލުމަށްޓަކައެވެ. އާހިރުގައި ޕީޕީއެމް އެހެދީ މުއިއްޒުގެ ޑައިޕަރ އަކަށެވެ.  

    ]]>
    Tue, 03 Oct 2023 11:58:53 +0500 ހީރަސްނިއުސް
    ފެނަކަ އާއި އާރުޑީސީގެ ގިނަބަޔަކު ވަކިކުރަންޖެހޭ. https://heerasnews.com/1877 https://heerasnews.com/1877 ކެމްޕޭންގައި ރަށްރަށަށް ވަޑައިގަތުމުން ސަލާމް ކުރަން ސަފަށް އެރި ފެނަކަ އަދި އާރުޑީސީގެ މުވައްޒަފުން ޑރ. މުއިއްޒުގެ އަރިހުން ހޯދި ޔަގީން ކަމަކީ ވެރިކަން ބަދަލު ވިޔަސް އެ މީހުންގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަމެވެ. އެގޮތުން އެ މީހުން އެދުނީ ރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަަކަފުޅު ދައްކަވާއިރު އެ ވާހަކަ ވިދާޅުވެ ދެއްވުމަށެވެ. ސަބަބަކީ އެއަޑު އަހަންތިބޭ ޢާއިލާގެ ވޯޓް ވެސް ޑރ. މުއިއްޒަށް ލިބޭނީ އެގޮތުގެ މަތިން ކަމަށް ވާތީއެވެ.

    މުއިއްޒު އެ ޔަގީންކަން ދެއްވީ ރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވައިރަލް ވެފައިވާ ވީޑިއޯ އަކުން ފެންނަ ފެނުމުގައި ޑރ. މުއިއްޒު ވިދާޅުވި އިރު ބަސްމަގުގެ ކުށަކުންވިޔަސް ވިދާޅުވީ ހަގީގަތުގައި ހަމަ ވިދާޅުވާންޖެހޭ ގޮތަށެވެ. 

    ނިމިދާ ސަރުކާރުން ކުންފުނިތަކުން ވަޒީފާ ދީގެން އެތައް ހާސް މުވައްޒަފުންނެއް އިތުރުކުރިއެވެ. އެ އާއިލާ ތަކަށް ރަނގަޅުވެ އަދި އެންމެ ފަހުން އެ މީހުންގެ ވޯޓް ވެސް ލިބޭނެކަމުގެ އުންމީދުގައެވެ. ހަގީގަތުގައި އެއީ ނިމިދާ ސަރުކާރަށް ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ލިބުނު ލަނޑެކެވެ.

    ވޯޓުލިބޭނެ ކަމުގެ އުންމީދުގައި ޕާޓީއަށް އިޚުލާޞްތެރި މީހާ ހުއްޓާ މާދުރުގައި ތިބި އެހެން ބަޔަކަށް ވަޒީފާ ދިނުމެވެ. އާޚިރު ދެކޮޅުން ކުރެ ކޮޅަކުން ވޯޓް ނުލިބި އިންތިޚާބުން ބަލިވީއެވެ. 

    ހަގީގަތުގައި ރާއްޖޭގައި އޮތީ ސިޔާސީ ދެ ޕާޓީއާ ދެކުލައެވެ. ތާއީދު ކުރާ މީހުން ދެބަޔަށް ބެހިފައި އެވަނީ ދީނަކަށް ވެދެ ތިބި ގޮތަށެވެ. ތިމާ އެހިނދަކު ސަޕޯރޓް ކުރާ މީހާއަކީ ނަމާދު ނުކުރާ ރާބޯ ނުވަތަ ދޮގުހަދާ ނުވަތަ ކޮރަޕްޓް ވަގެއްކަން އެނގުނަސް އީމާން ވެގެން ތިބީ ވަކިވަރަކަށް ނޫނެވެ. އެއްވެސް ބަޔަކީ އެކަނި ވެރިކަން ކަށަވަރުވާ ބައެއް ނޫނެވެ. މަދުވާ އެތިކޮޅު ހޯދަނީ ދެމެދުގައި އުޅޭ އޮއިކުނި އެއްކޮށްގެންނެވެ. 

    ނިމިދިޔަ ރިޔާސީ އިންތިޚާބްގެ ފުރަތަމަ ބުރުން ފާހަގަވި ކަމަކީ ގަދަކޮށް އޮތް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ފަޅިވެ ކުދިވެފައި އޮތް އެމްޑީޕީގެ ކެންޑިޑޭޓަށް ވުރެ 15 ހާސް ވޯޓް އިތުރަށް ނެގުމެވެ. ނަތީޖާއަކީ ފުރަތަމަ ބުރުން ގިނަވޯޓް ހޯދިކޮޅަށް ހުރިހާ އޮއިކުނި ޖަމާވެ، ނުވިތާކަށް އެމްޑީޕީ ފަޅިވިތަނުން ވެސް ބައެއް  އެކޮޅަށް ލެއްގުމެވެ.

    ތަޖުރިބާއިން އެނގިފައި މި ވަނީ ސިޔާސީ ފައިދާއެއް ކޮށްފާނެ ކަމަށް ޕާޓީން ބޭރު މީހުންނަށް ވަޒީފާ ދިނުމަކީ ސިޔާސީ ގޮތުން ފައިދާއެއް ނެތް ކަމެއް ކަމެވެ.  ޑޮކްޓަރ. މުއިއްޒު ވެސް ވެރިކަން ކުރައްވަންޏާ އޮތް އެންމެ ރަނގަޅު ގޮތަކީ ސީދާ ރޮނގު ދަމައިގެން ވަޒީފާ ދެއްވުމެވެ. އޮއި ކުންޏަކީ ދެކޮޅަށް ދުވާއެއްޗެކެވެ.

    ]]>
    Mon, 02 Oct 2023 12:43:21 +0500 ހީރަސްނިއުސް
    ގެއަކަށް ނޫން. ރައީސް ޔާމީން އެއްކޮށް މިނިވަންކުރޭ. https://heerasnews.com/1874 https://heerasnews.com/1874 ގާނޫނަކީ ރައްޔިތުން ހަދާ އެއްޗެކެވެ. ހުރިހާ ރައްޔިތުންނަށް އެއްފަހަރާ މަޖިލިހަށް ނުވަދެވޭނެތީ އެމީހުންގެ ނިންމުންތައް ނިންމާ ގާނޫނުތަށް ހަދަން ވޯޓުލައިގެން އެމަޖިލިހަށް ބަޔަކު ވައްދަނީ ރައްޔިތުންނެވެ. އެ ރައްޔިތުންގެ 54 އިންސައްތަ ނިންމުމަކީ ރައީސް ޔާމީން ނެރުއްވި ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވުމެވެ.

    ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާ ކުރެވޭ ތަހުގީގުތަކާ އުފުލިފައިވާ ދައުވާތަކަކީ މިހާރު ރައްޔިތުންގެ އަޣުލަބިއްޔަތު ގަބޫލު ކުރާއެއްޗެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސް ކުރާ ގާނޫނަކަށްވުރެ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމެއްގެ ބާރު ގަދަވާނެއެވެ. 

    ރިޝްވަތުނެގުމާ މަނީލޯންޑަރިންގެ އަދަބު ރައީސް ޔާމީނަށް ދޭކަށް ރައްޔިތުން ގަބޫލެއް ނޫނެވެ. އެއީ ކުއް ކަމުގައި ހަދާ ރައީސް ޔާމީނަށް އަދަބު ދިނުނަކީ ދިވެހިން ނުރުހޭ ކަމެކެވެ. މިހެން ބުނީމާ ރިހާކުރުފުޅި ވަގަށްނެގި މީހާއަށް އަދަބުދެނީ ކީއްވެހޭ ބުނާ މީހާގާތު ބުނަމެވެ. އެކަަކަށް އަދަބު ދީފާ އަނެކަކު މިނިވަން ކުރަން ރައްޔިތުން ނިންމީމާ އެނިމުނީއެވެ.

    ]]>
    Sun, 01 Oct 2023 20:32:11 +0500 ހީރަސްނިއުސް
    ރިސޯޓް މުއައްޒަފުނަށް ޗުއްޓީ ދެދުވަސް: ސިޔާމަށް ހަޖަމެއްނުވި https://heerasnews.com/1866 https://heerasnews.com/1866 ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ މުއައްޒަފުންނަށް ހަފްތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ދޭންޖެހޭ ގޮތަށް ރައީސް ސޯލިހު ހަމަޖެއްސެވުމަކީ ރިސޯޓް އޯނަރުންގެ ގިނަ ބަޔަކާއި މެނޭޖުމަންޓްތަކަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ. އެކަމާ އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް ފާޅުކުރެއްވި ރިސޯޓް އޯނަރަކީ ސަން ޝިޔާމް ކަމަށް މުއުތަބަރު ގޮތެއްގައި މައުލޫމާތު ލިބިފައިވެއެވެ. 

    ރައީސް ސޯލިހު ދެވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމެވުމުން ރައީސް ސޯލިހާ ކޯލިޝަން ހެއްދެވި އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް މުހައްމަދު ހެއްދެވި ކޯލިޝަނާ ވަކިވެވަޑައިގެން އެއް ސަބަބެއް ކަމުގައި ރިސޯޓް މުއައްޒަފުންނަށް ދެ ދުވަހުގެ ޗުއްޓީ ދެއްވުމަށް ރައީސް ނިންމެވި ނިންމެވުން ހިމެނެއެވެ. ކޯލިޝަނާ ވަކިވެ ވަޑައިގަތުން އިއުލާނު ކުރުމުގެ ކުރީން ސިޔާމް ރައީސް އޮފީހަށް ވަޑައިގެން އެކަމުގެ ހިތް ހަމަ ނުޖެހުން ފާޅުކުރައްވާ ކޯލިޝަނުން ވަކިވެ ވަޑައި ގަންނަވާނެ ކަމުގެ އިންޒާރު ރައީސް އޮފީހުގެ އިސްވެރިއަކަށް ދެއްވިއެވެ. 

    ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ ކޮންމެ މުއައްޒަފަކަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ދޭން ޖެހުމަކީ އިތުރު މުއައްޒަފުން ހޯދަން ޖެހޭނެ ކަމެއް ކަމަށާއި މުއައްޒަފުންނަށް ވަކިކަހަލަ ކަންތައް ތަކެއް ކޮށްދިނުން ލާޒިމުކުރާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ސިޔާމް ވިދާޅުވި ކަމަށްވެއެވެ. މިހާރުވެސް މިނިމަމް ވޭޖް ދޭންޖެހުމުން ބޮޑެތި މާލީ ތަކުލީފް ތަކެއް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއްކޮޅުން ސާރވިސްޗާޖް ފިކްސް ނުކޮށް ދޭންޖެހުމާއި ގަވައިދުން ޗުއްޓީއަށް ފޮނުވަން މަޖުބޫރުވެފާ ވުމަކީވެސް ބަލައިގަންނަ ކަންކަން ނޫންކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވި ކަމަށްވެއެވެ. މުއައްޒަފުންގެ އެކަމަޑޭޝަނަށާއި ކެއުމަށާއި ރިކްރިއޭޝަނަށް ރިސޯޓްތަކުން ބޮޑު ހަރަދެއް ކުރަން ޖެހޭތީ އެކަމާވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް މައުލޫމާތު ދެއްވި ބޭފުޅާ ޔަގީން ކަމާއެކު ވިދާޅުވިއެވެ. އެކަންކަން އެހެން ހުއްޓާ އަނެއްކާ ކޮންމެ މީހަކަށް ހަފްތާއަކު ދެ ދުވަހުގެ ޗުއްޓީ ދޭން ޖެއްސި ޖެއްސުން ބަލައި ނުގަނެވޭ ކަމަށް ސިޔާމް ވިދާޅުވި ކަމަށްވެއެވެ. 

    މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް މަސައްކަތްތެރިންނަށް ހައްގު މިންވަރު ހޯއްދަވާ ދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގައި ރައީސް ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ކޯލިޝަން ޕާޓްނަރެއް ނުވަތަ އެހެން މީހަކު ނުރުހުން ވިޔަސް ރިސޯޓް ތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނާ އެހެނިހެން މަސައްކަތްތެރިންނަށް ލިބިދޭން ޖެހޭ ބެނެފިޓެއް ނުލިބޭނެ ގޮތަކަށް އެއްވެސް ކަމެއް ރައީސް ކޮމްޕްރަމައިޒް ނުކުރައްވާނެ ކަމަށްވެއެވެ. ނަތީޖާއެއްގެ ގޮތުން ޝިޔާމްމެން ފަދަ ކޯލީޝަން ޕާޓްނަރުންނާ ވިޔަފާރިވެރިންގެ ބައެއް މީހުންގެ ނުރުހުމާ ކުރިމަތިވެ ވަޑައިގަންނަވާނެކަމަށް ރައީސް ގަބޫލުފުޅު ކުރައްވައެވެ. 

    ސަންސިޔާމާއި އެނޫންވެސް ބައެއް މަހުޖަނުން މުއިއްޒަށް ތާއީދު ކުރައްވަނީ މުއައްޒަފުންނަށް ބެނެފިޓްތަކާއި ލީވްތައް ދިނުން މަޖުބޫރު ނުކުރުވުން ޝަރުތުކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.  

    ]]>
    Thu, 28 Sep 2023 11:11:46 +0500 ހީރަސްނިއުސް
    ދީނަށްޓަކާ ދިމުޔާތުގައި މުއިއްޒު ވިއްކުވަނީ ހަށި! https://heerasnews.com/1861 https://heerasnews.com/1861 ކަންހުޅިން ކަންހުޅިއަށް ނުރައިގެ ކޫރެއް ދަތްދޮޅީގެ ދަށުގައި ދަމާލަފައި ހުރުމަކީ ސުންނީ ތުނބުޅިއަކަށް ވާގޮތެއް ނޭނގެއެވެ. ބައްޕަ ޝޭހަކަށް ވުމަކީ ދަރި ދަންނަ ބޭކަލަކަށް ވާގޮތެއް ނޭނގެއެވެ. ރިބާގެ ލޯނުން ބާލުހާނާ ހަދާ ބޮޑު އަގުގައި ނިކަމެތީންނަށް ދުވަހު ކުއްޔަށް ކޮޓަރިދީގެން ފައިސާ ބައްކުރުން ދީނުގައި ހުއްދަވާ ގޮތެއް ނޭގެއެވެ.

    ދައުލަތުގެ ވަޒީރަކަށް މުއިއްޒު ހުރެ ދައުލަތުގެ މަސައްކަތް ކުރުވާ ކުންފުނި ތަކުން އަމިއްލަ އެކައުންޓަށް ކަޓް ޖަމާވާ ދީނީ ހަމައެއް ނޭނގެއެވެ. މުއިއްޒު ވަޒީރަކަމުގައި ހުރެ އަމިއްލަ ކުންފުންޏަކުން މަހު މުސާރަ ނެގުން ކޮރަޕްޝަނަށް ނުވާ ގޮތެއް ނޭގެއެވެ. ކަޓު ނަގައިގެން ޕާކިން ސްލޮޓާއި އަލިމަސް ކާނިވަލުން ބިން ކުއްޔަށް ދީގެން މިލިއަނުން ފައިސާ ފައިކޭޓަށް އަޅާލަން ދީން ހުއްދަ ކުރާ ގޮތެއް ނޭނގެއެވެ. އަމިއްލަ ގެއިން ދުވަހު ކުއްޔަށް ކޮޓަރި ދީގެން ހަށި ވިއްކުވައިގެން ފައިސާ ހޯދުން ހުއްދަވާ ގޮތެއް ވެސް ނޭނގެއެވެ. 

    އާނއެކެވެ. ދުވަހު ކުއްޔަށް ކޮޓަރި ދިނުމަކީ ކުށެއް ނޫނެވެ. އެހެނަސް ކޮޓަރި ކުއްޔަށް ނަގައިގެން އެ މީހުން އެތާ ކުރަނީ ކީއްކަން ކުއްޔަށް ދޭމީހާ ބަލަން ޖެހެއެވެ. ދިނާ ގާނޫނާ ހިލާފް ކަމެއް ނުހިންގަން ބުނެލުމަކުން ނުފުދެއެވެ. ޖޯޑް ޖޯޑަށް އައިސް ދިމްޔާތުން ކޮޓަރި ކުއްޔަށް ނަގާ ގިނަ މީހުންނަކީ ދެމަފިރިން ނޫންކަން މުއިއްޒަށް ރަނގަޅަށް އެނގިހުރެ ރޫމް ދޫކޮށްލަނީ ފައިސާ ލިބޭތީއެވެ. ކޮޓަރި ކުއްޔަށް ނަގައިގެން އެގޮތަށް ޖޯޑު ޖޯޑަށް އައިސް ކުރަނީ ޒިނޭކަން ރަނގަޅަށް މުއިއްޒަށް އެގެއެވެ. ދިމްޔާތުގައި ޒިނޭގެ އަމަލެއް ނުހިނގާ އެންމެ ދުވަހެއްވެސް އުޑުން ބިމުން ނުދާކަން މުއިއްޒަށް ރަނގަޅަށް އެގޭނެއެވެ. ފައިސާގެ ދަހިވެތިކަމުގައި އެނގޭ ކަމަށް ނުހަދާ ހުންނަނީއެވެ. 

    މުދަލާއި ފައިސާއާއި ބާރު ހޯދުމަށް ކޮށްފައި ނުކުރާ ކަމެއް މުއިއްޒު ނެތެވެ. ވެރިކަން ހޯދުމަށްޓަކާ ވެސް މުއިއްޒުގެ އޮތީ އޮޅުވާލުމާ ހީލަތާ މަކަރެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމަށްޓަކާ ހީލަތްތެރި މަސައްކަތް ތަކެއް ކުރުމުން މުއިއްޒާ ދެކޮޅަށް ޕީޕީއެމުން ފިޔަވަޅު އަޅަފައި ވެއެވެ. މުއިއްޒަށް ޓިކެޓް ހޯދުމަށް ޕާޓީ ތެރޭގައި ބަގާވާތް ކުރުމުގެ ސަބަބުން މައްސަލަ ބަލަން ޖެހުމުން މުއިއްޒުގެ އެންމެ ގާތް އެންމެ އިތުބާރު ކުރާ އެކަކު ކަމުގައިވާ އާދަމް ރަމީޒަށް ޕީޕީއެމް ދޫކޮށްލަން ޖެހުނެވެ. އެ ހިސާބަށް ކަންކަން ދިޔައިރު ވެސް ޓިކެޓް ހޯދަން ނޫޅޭ ކަމަށް ބުނެ މުއިއްޒު އައީ ދޮގުހަދާ އޮޅުވާލަމުންނެވެ. 

    މުއިއްޒުގެ ކެންޕޭނުގައި ވެސް އޮތީ އޮޅުވާލުމާ މަކަރާ ހީލަތެވެ. ވިއްކަނީ ރައީސް ޔާމީނުގެ ފޮޓޯފުޅެވެ. ޕީޕީއެމްގެ ސަޕޯޓަރުންނަށް ބުނެދެމުން ދަނީ ވެރިކަމަށް އަންނަން އުޅެނީ ރައީސް ޔާމީން މިނިވަންކޮށް ރައީސް ޔާމީނަށް ބާރު ހޯދާ ދެއްވުމަށް ކަމަށެވެ. އަނެއްކޮޅުން ކާނަލް ނާޒިމުމެން މުހުތާޒު މުހުސިންމެން ފަދަ ރައީސް ޔާމީނުގެ އަދަވާތްތެރިންނަށް ދޭ ޔަގީން ކަމަކީ ރައީސް ޔާމީނު ވެރިކަން ހިންގުުމާ ކައިރިވިޔަ ނުދޭނެ ކަމުގެ ޔަގީންކަމެވެ. 

    މަކަރާ ހީލަތުން ފުރިފައިވާ މިވަރުގެ މީހަކަށް ދީނަށްޓަކާ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ވޯޓާއި ޑިމޮކްރަސީ ހަރާން ކޮށްގެން ދީނީ އިލްމުވެރިންގެ ގޮތުގައި ތިބި އެތައް ބަޔަކު ދީނަށް ނަސްރު ދޭނެ މީހެއް ކަމަށް މުއިއްޒު ވެގެން އޭނާއަށް ބައިއަތު ހިފައިގެން އުޅެން ޖެހޭވަރު މީހަކަށް މުއިއްޒު ނުވެއެވެ. ޖަނާބަށް ބަފައިބެ ކިޔުމަކީ މުއިއްޒު ސިއްދީގަކަށް ވާކަމެއް ނޫނެވެ. ދޮގާ މަކަރާއި ހިޔާނާތާ އެތައް މުންކަރާތެއް މުއިއްޒުގެ ކިބައިން އެހުރީ ފާޅުވެ ފާޅުވެއެވެ. ފާޅުގައި މުންކަރާތްތަކަށް އަރައިގަންނަމުން ބޮޑެތިފާފަތަކަށް މަގުފަހިކޮށްދެމުންދާ މުއިއްޒު ފަދަ މީހަކަށް ދީނަށް ހޯދާދެވޭނެ ނަސްރެއް ނުއޮންނާނެއެވެ. އާނއެކެވެ. އެނގިހުރެއ އަމިއްލަ ގޭގައި ހަށި ވިއްކުވައިގެން ފައިސާ ހޯދާ މީހަކަށް ދީނަށް ދެވޭނެ ނަސްރެއް ނުއޮންނާނެއެވެ.

    ]]>
    Tue, 26 Sep 2023 11:47:25 +0500 ހީރަސްނިއުސް
    ގަސްތުގައި މުދާ އަގުބޮޑުކުރުން ހުއްޓުވާނަން: ސަރުކާރު https://heerasnews.com/1851 https://heerasnews.com/1851 ޚާއްޞަކޮށް ރަށްފުށުގެ ބައެއް ގިނަ ކުދި ފިހާރަ ތަކުން ސަރުކާރަށް ޖެއްސުމަށް ގަސްތުގައި މުދާ އަގުބޮޑު ކުރާކުރުން ހުއްޓުވަން ސަރުކާރުން ނިންމި ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. 

    ރަށްފުށުގައި ހުންނަ ބައެއް ފިހާރަތަކުން ގަސްދުގައި މުދާ އަގުބޮޑުކޮށް ވިއްކަމުން ދާކަމަށްވެއެވެ. ގަސްދުގައި މުދާ އަގުބޮޑުކޮށް ވިއްކަމުންދާ ގިނަ ފިހާރަ ތަކަކީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ތެރޭން އުފަންވި ފިހާރަ ތަކެއް ކަމަށްވެއެވެ. އެފަދަ ފިހާރަތަކުގެ ގިނަ ބޮޑު ސޭޓުންނަކީ މިހާރު އޮތް ސަރުކާރާ ދިމާ އިދިކީލި މީހުންނެވެ. އެފަދަ ސޭޓުން އެއްދޮނުގައި ދެބުޅި ޖަހަމުން އޭގެފައިދާ ނަގަމުން ދާތާ ކިތަންމެ ދުވަހެކެވެ. 

    2%ގެ ޖީއެސްޓީގެ ނަން ބޭނުން ކޮށްގެން ރަށްފުށުގައި މީހުން ބޭނުން ކުރާ ޢާންމު ޒަރޫރީ މުދަލުގެ އަގު އެ މީހުން އެތައް ގުނައެއް ބޮޑު ކުރުމަށްފަހު މުދާ ގަންނަން އަންނަ ނިކަމެތިން ގާތު ބުނަމުން ދަނީ މިއީ ސަރުކާރުން ޖީއެސްޓީ ބޮޑު ކުރީމާ ވާގޮތް ކަމަށެވެ. އަދި އޭގެ ފަހަތުން ވެސް އެ މީހުން ކައިރީ ރައީސުލްޖުމްހޫރިއްޔާ އާ އިކޮނޮމިކް މިނިސްޓަރ އާއި ސަރުކާރާ ގުޅޭ ގޮތުން އިންތިހާ ދަރަޖައިގެ ބުހުތާނު ދޮގުވާހަކަ ދައްކަމުންނެވެ.

    "މިހާރު މިދަނީ އެފަދަ ފިހާރަތަށް ފާހަގަ ކުރަމުން. ބައެއް ސޭޓުން ދައްކާ އެފަދަ ވާހަކަ ތަކުގެ ވީޑިއޯ އަދި އޯޑިއޯ ރެކޯރޑިން ވެސް ލިބިފަ އެބަހުރި. މިކަން އަޅުގަނޑުމެން ހުއްޓުވާނަން. ކޮންމެހެން ކުރަން ޖެހިއްޖެ ހިނދެއްގައި އެ މީހުންގެ ހުއްދަ ވެސް ބާތިލް ކުރާނަން" މިނޫހާ ވާހަކަ ދެއްކި ސަރުކާރުގެ މަސްއޫލް ވެރިއެއް ވިދާޅުވިއެވެ.

    ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ހިތުހުރި އަގަކަށް މުދާ އަގުބޮޑު ކުރުމުގެ ތަކްލީފް ރައްޔިތުންނަށް އޮތް ކަމުގެ ޝަކުވާ އަތޮޅު ތަކުގެ ތެރޭގައި ބޮޑެވެ.

    ]]>
    Wed, 20 Sep 2023 17:42:49 +0500 ހީރަސްނިއުސް
    ކައުންސިލް ތަކުގެ ހަތަރެސްފައި ބަނދެ މޫދަށް https://heerasnews.com/1840 https://heerasnews.com/1840 ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކަކީ މިނިވަން މުސްތަގިއްލު މުއައްސަސާ ތަކެކެވެ. ކައުންސިލް ތަކަށް ދީފައިވާ ގާނޫނީ ބާރުތަކުން އެ ކައުންސިލެއްގެ އިހުތިސާސް ހިނގާ ހުރިހާ ހިސާބަކަށް ގޮތް ނިންމާނީ ކައުންސިލުންނެވެ. މާލޭގައި ހުންނަ މަރުކަޒީ އިދަރާއަކުން ނޫނެވެ.

    ފަހަރެއްގައި ވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ކައުންސިލްތަކުގެ ބެލެނި ވެރި ފަރާތެއް ނޫނެވެ. ކައުންސިލްތައް ހިނގަނީވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓިގެ ދަށަކުން ނޫނެވެ. އެލްޖީއޭގެ މަސައްކަތަކީ ކައުންސިލް ތަކަށް އެހީތެރިވުމާ އެއް އުސޫލަކުން ކައުންސިލްތައް ހިންގުމުގައި ފަންނީ ގޮތުންނާއި ގާނޫނީ ގޮތުން އެހީތެރިވެ ދިނުމެވެ. އެލްޖީއޭ އަކީ ކައުންސިލްތައް ހިންގުމާ ބެހޭ ބައެއް ނޫނެވެ. ކައުންސިލްތަކަށް ފިޔަވަޅު އަޅާ ބައެއްވެސް ނޫނެވެ. ޕްރޮޖެކްޓް ކޯޑިނޭޓަރެއް ވެސް ނޫނެވެ. 

    ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ވިސްނުން ހުރީ ކައުންސިލް ތަކުގެ ބާރުވެރިކަމާ ދެކޮޅަށެވެ. ކައުންސިލްތައް ބަލަހައްޓަން ސަރުކާރުގެ ހާއްސަ މިނިސްޓްރީއެއް އުފެއްދުމަށެވެ. އެ މިނިސްޓްރީގެ ތުބުން ވެއްޓޭ ބަތްފުށް ހޮވާކާން ތިބޭ ބަޔަކަށް ކައުންސިލްތައް ހަދާށެވެ. 

    ގާނޫނު އަސާސީން ކައުންސިލް ތަކަށް ލިބިދީފައިވާ ބާރުތައް ނަގާ މިނިސްޓްރީއެއް ހަދާ އެ މިނިސްޓްރީއަކުން ހުއްދަ ދިނީމާ ނޫނީ ކައުންސިލް ތަކަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ކައުންސިލް ތަކުގެ އަތްބަންނަން އެހުރީ ދިމާ ކޮށްފައެވެ. ގަނޑުކޮށްނާ ވަކިވަކީން ކައުންސިލްތައް ސަސްޕެންޑް ކުރި ޒަމާން އަނބުރާގެންނަން އެހުރީ ފޫގަޅާފައެވެ. 

    މުއިއްޒު އުފައްދާނީ ނަމުގައި އެޓޮލްސް މިނިސްޓްރީއެއް ނޫނެވެ. އާހިރުގައި ހުރިހާ ކައުންސިލްތައް ފިތި ހުރިހާ ކައުންސިލަރުން ތިބެނީ އެ މިނިސްޓްރީގެ ދިގުގޮނޑީ ކިޔުގައެވެ. ހެންވޭރު މީނާޒުގެ ވަލުދޮރާށީގައި ކަތީބުން ކިޔުޖެހުނުހެން ރަށްރަށަށް ބޭނުންވާ ކަންކަން ކުރުމަށް ވަކި މިނސްޓަރަކަށް އާދޭސް ދަންނަވާ ކަށިކެޔޮ ގަނޑާ މަދު ކޮތަޅު ދީގެން ކަންކަން ކުރުވި ޒަމާން މާޒީ ވެފައިވާކަން މުއިއްޒަކަށް ނޭނގެއެވެ. 

    ރަށްރަށުގައި ކަންކަން ކުރުމަށް ސަރުކާރުގެ އިދާރާ ތަކަށް ސީދާ ކައުންސިލް ތަކުން ދާދިޔުން ހުއްޓުވާ ވަކި މިނިސްޓްރީއަކުން ކޮށްދިން ކަމެއް ނޫނީ ނުކުރެވޭ ގޮތަށް މިހާރުއްސުރެ ރާވަން އެއޮތީ ވިސްނާފައެވެ. ރައިސުލްޖުމްހޫރިއޔާއާއި ކައުންސިލްތަކާ ދެމެދުގައި ވަރަށް ބޯ ފަށަލައެއް ލައިގެން ރައީސަށް ކައުންސިލްތަކުން ސީދާ ބަސް ދެންނެވެން އޮތްމަގު އެ އުޅެނީ ބަންދު ކުރާށެވެ.

    މުއިއްޒުގެ މި މަކަރުވެރި ރޭވުން ހުއްޓުވަން ކައުންސިލު ތަކުން މުއިއްޒަށް ނޫނެކޭ ބުނަން ޖެހެއެވެ. ކައުންސިލް ތަކުގެ ހަތަރެސްފައި ބަދެ މޫދަށްލާ ފަތަން ޖެއްސުމުގެ ކުރިން އެއްވާނަކަށް މުއިއްޒަށް ނޫނެކޭ ބުނެގެން ނޫނީ ރައްޔިތަކަށް ރަށަކަށް އޮތް ރަނގަޅެއް ނެތެވެ. ވަކި ޕާޓީއެއް ނެތި ކޮންމެ ކައުންސިލަރަކު ވެސް ދިގުގޮނޑީކޮޅުގައި ނުތިބެވާނެ ގޮތެއް ހަދަން މަޖުބޫރެވެ. ވަކިގެއެއްގެ ވަލުދޮރާށީގައި ކިޔު ހަދައިގެން ތިބެން ނުޖެހޭނެ ގޮތެއް ހަދަން ޖެހެއެވެ.   

    ]]>
    Sun, 17 Sep 2023 16:30:15 +0500 ހީރަސްނިއުސް
    އަލީ އާރިފަށް: ގާސިމް ތިޔަ ހެދީ ހުތްފެލި ލުބޯހުތް ކިބަޔަކަށް https://heerasnews.com/1837 https://heerasnews.com/1837 ޖުމްހޫރީ ޕާޓީ ހިސޯރުކޮށްގެން ނެތް މޮޅު ހޯދައިގެން ގަތްވަޅަށް އަލީ އާރިފު ދާން ތައްޔާރު ވެއްޖެއެވެ. 2019 ވަނަ އަހަރުގެ އޮކްޓޫބަރ މަހު ޖުމްހޫރީގެ ސެކެރެޓަރީ ޖެނެރަލްކަން އަލީ އާރިފް ހޯދިއެވެ. 

    އަލީ އާރިފް ޖުމްހޫރީއާއި ގުޅި މުޅި ޕާޓީގެ އިދާރީ ހިންގުން ހިސޯރު ކުރީ ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ސިޔާސީ ފިކުރު ގަބޫލުކޮށްގެން ނޫނެވެ. އަލީ އާރިފް ޖުމްހޫރީއާ ގުޅުމުގެ ފަހަތުގައި ފޮރުވިފައިވާ ތިން ސަބަބެއް އޮތެވެ.

    ރައީސް ޔާމީނު ސަރުކާރުގައި އަލީ އާރިފަކީ ޔާމީނުގެ އަރިސް މަޖިލިސް މެންބަރެކެވެ. ޔާމީނު ވެރިކަމުގައި ހިންގި ގިނަ ޖަރީމާ ތަކުގައި އަމަލީ ގޮތުން ބައިވެރިވި ބައިވެރިއެކެވެ. ޔާމީނުގެ ވެރިކަން ނިމި މަޖިލީހަށް އިންތިހާބު ނުވުމުން ސަރުކާރު ކޯލިޝަނުގެ އެންމެ ބާރުގަދަ އެއް ޕާޓްނަރ ގެ ހިމާޔަތް ހޯދީ ޝަރީއަތްތަކާ ތަހުގީގުތަކުން މިންޖުވުމުގެ ބޭނުމުގައެވެ. 

    ގާސިމް އިބްރާހިމްގެ ސިޔާސީ ބާރު ކަނޑުވާލާ މަގުމަތި ކޮށްލުމުގައި ޔާމީނުގެ އެޖެންޑާ ހިންގާ ދިނުމަކީ ވެސް އޭނާ ޖުމްހޫރީ ހިސޯރު ކުރި އެއްސަބަބެވެ. ޔާމީނުގެ އެތައް ބަޔަކު ކައުންސިލަށް ވައްދާ ޕާޓީގެ ކައުންސިލްގެ މެޖޯރިޓީ ގާސިމުގެ ވިސްނުމާ ދެކޮޅު ބަޔަކަށް ފުރޮޅާލި ނިކަން ހޭލާ ހުރެއެވެ. 

    ޔާމީނު ސަރުކާރު ވެއްޓުމުން ބޮޑު މުސާރަޔާ އިނާޔަތް ހޯދައިގެން ފުއްޕާފާ އުޅުމުގެ ފުރުސަތު ހޯދުމަކީ ވެސް ޖުމްހޫރީ ޕާޓީގެ އެސްޖީކަން އޭނާ ހޯދި އެއް ސަބަބެވެ. އިންތިހާބުގައި ހުތުރު ބައްޔަކުން ގާސިމް ބަލިކޮށްލާ ގާސިމްގައިގާ ކޮޅުފައިން ޖަހާ ރޭވިފަ އޮތް ގޮތައް ފެން އޮތް ތަނަށް މިހާރު ދެމިގަންނަނީއެވެ. 

    ސަރުކާރުތައް އުފެއްދުމަށް ޒަމާނުއްސުރެ ގާސިމަށް އޮތް ބާރު ކަނޑުވާލާ އަލީ އާރިފް އިސްވެހުރެ ޖޭޕީން ގެންގުޅުނު ކެހިވެރި ސިޔާސަތުންނެވެ. ޔާމީނުގެ ވެރިކަން ނިމުމުން ސަލާމާތްވާން ޖުމްހޫރީގެ ނިވަލަށް ވަނތް ބައިގަނޑު މުއިއްޒުގެ ފަހަތަށް އެ ކަހާލަނީއެވެ.

    ޕީއެންސީ ކެންޑިޑޭޓް މުއިއްޒަކީ ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަލީ އާރިފާއި ޖޭޕީގެ ނައިބު ލީޑަރު އިގުބާލު އާދަމުގެ ބޮޑުބޭބެގެ ދަރިފުޅެވެ. ޔާމީނަށް ވުރެވެސް ގާތް އަހެކެވެ.. މިވަރު މީހަކު ގާސިމަށް ކޮންމެ ފަދަ ކެއްސެއް ވެސް ދީފާނެއެވެ. އެއީ އަޖައިބެއް ނޫނެވެ. 

    ]]>
    Sat, 16 Sep 2023 20:30:18 +0500 ހީރަސްނިއުސް
    ޔާމީނަށް އެންމެ 11 އަހަރު & ޒިޔަތަށް އަނެއްކާ 12 އަހަރު https://heerasnews.com/1830 https://heerasnews.com/1830 އެމްއެމްޕީއާރު ގެ ބޮޑު ހިޔާނަތުގެ މައްސަލައިގައި ރައީސް ޔާމީނަށް ޝަރީއަތް ހިންގޭތީ ބަޔަކު މީހުނަށް އެކަން ހަޖަމެއް ނުކުރެވެއެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި ހަމައެކަނި ޝަރީއަތް ހިންގަނީ ޔާމީނު މައްޗަށް ކަމަށްބުނެ ޔާމީނަށް ކުރި ހުކުމަކީ ހަރާން ހުކުމެއް ކަމަށް ބުނެ ބަޔަކު ކޮށި އަރައިގެން އެބައުޅެއެވެ.

    ރައީސް ޔާމީނަށް ތުހުމަތުކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލެމުން ދާހެން އެކަމުގައި ހިމެނޭ ކިތަންމެ ބައެއްގެ މައްޗަށް ޝަރީއަތް އެބަ ހިގައެވެ. އެންމެ ދިމާލަކަށް ލޯތައް ހުއްޓި އެހެން ކަމެއް ހިނގާކަން ނުބަލާ ބަޔަކަށް ކަމެއް ހިނގިޔަސް ނޭގޭނެއެވެ. އެނގުނަސް އެނގޭކަށް ބޭނުމެއް ނުވާނެއެވެ. ތިމާމެން ގަބޫލު ނުކުރާ ކޮންމެ ކަމަކީ ނެތް ކަމަކަށް އަދި ނުހިނގާ ކަމަކަށް ނުހެދޭނެއެވެ. ތިމާމެން ކިތަންމެ ބޭނުންވިޔަސް ވިޔާފާރިކުރާ މީހަކު ބޭރުން މުދާގަތުމަށް ލިބެން ހުރި ތާކުން ޑޮލަރު ގަތުމާ ގަސްދުގައި ދައުލަތުގެ މުދަލާ ފައިސާއަށް ހިޔަނާތްތެރިވުމާއި އެއްގޮތެއް ނުވާނެއެވެ.

    ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ބަލަނީ ޔާމީނުގެ މައްސަލަތައް އެކަންޏެއް ނޫނެވެ. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވެއެވެ. 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔައެވެ. ސާބިތުވި ކަންކަމަށް ޝަރީއަތުން ވަނީ ހުކުމްކޮށްފައެވެ. ޔާމީނު މައްޗަށް ކުރި ހުކުން ނޫން ހުރިހާ ހުކުމެއްވެސް ހަލާލެވެ. ހަރާންވަނީ ޔާމީނުގެ މައްޗަށް ކުރި ހުކުން އެކަންޏެވެ.

    އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް މިމަހުވެސް ޝަރީއަތުން ކޮށްފިއެވެ. އެކަން ދެނެ ހުރި މީހަކު ހުރިކަމަކަށް ނުވެއެވެ. އެއްވެސް މީހަކަށް އެކަން އެނގޭކަމަކަށް ނުހަދައެވެ. އެހުކުމުގައި އިންސާފު ވެރިކަން އެކުލެވެނީ ކިހާވަރަކަށްތޯ ބަލާ މީހަކު ނޫޅެއެވެ. ޒިޔަތު ވީމާ ހުކުން ހަލާލެވެ. ޒިޔަތުމެން ލައްވާ އެބޮޑު ވައްކަން ހިންގާ ގެއަށް ދަބަސްދަބަހުގައި ފައިސާ ވެއްދުވި ޔާމީންއަކީ މައުސޫމު މީހެކެވެ.   

    އަނެއްކޮޅުން އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 53 މައްސަލަ އޭސީސީ އިން މިހާރުވެސް ތަހުގީގު ކުރަމުން އެބަގެންދެއެވެ. ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމުގައި 11 ފަރާތަކަށް މަދަނީ ދައުވާ ކުރުމާ ގުޅޭ ކަންކަން ކުރިއަށް އެބަ ދެއެވެ. އެހެނެއް ކަމަކު ތަހުގީގަށް ސާބިތުވެ ޝަރީއަތަށް ސާބިތު ވިޔަސް ޔާމީނަށް ކުރާ ހުކުން ވަނީ ހަރާމެވެ. ވާނީ އެހެންތާއެވެ ޔާމީނުގެ ބަތާކައިގެން އެމްއެމްޕީއާރުސީން ހިޔާނަތުން އެކިވަރުގެ މަންފާ ލިބިފައިތިބި ބޮޑެތި ވަގުން މަތިފަޑީގައި ތިބި ޕާޓީއަކުން ޔާމީނަކީ ވަގެއް ކަމަށް ބަލައިފިއްޔާ އޭގެން އެކަކުވެސް ސަލާމަތް ނުވާނެކަން އެ މީހުނަށް އެނގެއެވެ. އެ މީހުނަށް ސަލާމަތް އޮތީ ޔާމީނު ނޫން އެހެން އެންމެންނަކީ ވަގުން ކަމަށް ހަދައިގެންނެވެ. 

    ]]>
    Thu, 14 Sep 2023 12:56:03 +0500 ހީރަސްނިއުސް
    ގާސިމަށް މިވީ ކިހިނެއް https://heerasnews.com/1824 https://heerasnews.com/1824 ވިސްނާ ފިކުރު ކުރާ ބަޔަކަށް ރަނގަޅު ފިލާވަޅެކެވެ. ރާއްޖޭގައި ޒަމާނުއްސުރެ ކިންގމޭކަރ ގޮތުގައި ހުންނެވި ގާސިމް އިބްރާހިމްއަށް ރިޔާސީ އިންތިހާބުގައި މުޅި ރާއްޖޭން ފަސްހާހެއް ވޯޓް ލިބި ވަޑައިގަތި ކިރިޔަކިރިޔާއެވެ. 

    ގާސިމްގެ ވަށައިގެން އަތުރާލާފާތިބީ ނަމުން ފިސާރި ބުރަދަންހުރި މީހުނެވެ. ކުރީގެ ރައީސް ވަހީދާ ކުރީގެ ނައިބު ރައީސް ޖިހާދެވެ. ވަޒީރު އައިޝާ އާއި ވަޒީރު ޑރ. ހުސައިން އެވެ. 

    ކުރީގެ ވަޒީރުން ކަމުގައިވާ އަމީން އިބްރާހިމްއާއި އަލީ ވަހީދާއި އަބްދުއްލާ އަމީނާއި އަޒްލީން އާއި އަމާލު އަލީއާއި މަހުމޫދު ޝައުގީއާއި މުހައްމަދު ޝިހާބެވެ. 

    ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބުރައީސް އަހުމަދު ނާޒިމާއި ކުރީގެ މެންބަރު އިލްހާމާއި ނިހާނާއި އަލީ އާރިފާއި ރިޔާޒް ރަޝިދާއި އަބްދުއްލާއާއި މަޖިލިސް މެންބަރ އަލީ ހުސޭނެވެ. ނަން ހުސްކޮށް މިނޫންވެސް މަޝްހޫރު ކިތަންމެ ބައެކެވެ. 

    ސިޔާސީ ގޮތުން ގައުމުގެ ކަންކަން ހަމަޔަށް އަޅުވަން ފުރުސަތު ލިބި ލިބުނު ފުރުސަތުގެ ބޭނުން ކުރަން ނޭނގި ފެއިލްވެފައި ތިބި ގިނަ މީހުންތަކެއް އެއްކޮށްގެން ނިކުތް ނަތީޖާ ގާސިމަށް ދެއްކީ ސުމަކުންނެވެ. 

    މިއެންމެންގެ އާއިލާތަކާ އެމީހުން ބަސް ގަބޫލުކުރާ ބަޔަކު ގައުމުގައި ނެތީ ހެއްޔެވެ. މާމިގިލިން ނޫނީ ގާސިމަށް ވޯޓް ނުލިބުނީ ކީއްވެހެއްޔެވެ. އެއިން އެއްވެސް މީހަކު މަސައްކަތް ނުކުރަނީ ހެއްޔެވެ. ބަޔަކު އެމީހުން ބަލައި ނުގަތަސް އެމީހުންގެ އަމިއްލަ އާއިލާތަކުގެ ވޯޓް ގާސިމަށް ދިންނަމަވެސް ވީހީ އެވަރެއް ނޫނެވެ. 

    ކަނދު ފައްޗެއްގައި މަސް އަޅާގެން ގާސިމް ވަށާލާފައިތިބެ އަމިއްލަ ޖީބުތައް ފުރާލައިގެން ވޯޓް ނުދީ ގާސިމަށް ދޯކާ ދިނިއްޔޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. 

    ]]>
    Wed, 13 Sep 2023 16:08:39 +0500 ހީރަސްނިއުސް
    މުއިއްޒުގެ ވެރިކަން ފައްޓަވާނީ ކޮރަޕްޝަނުން https://heerasnews.com/1823 https://heerasnews.com/1823 ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރުންގެ ގޮތުގައި ރައީސް އައްޔަނުކުރާ މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައި ތިބޭ ބަޔަކަށް ވާން ޖެހެއެވެ. ޕީއެންސީ ކެންޑިޑޭޓް ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ ކުރިމަތިވެ ވަޑައިގަންނަވާނެ ގިނަ ގޮންޖެހުންތަކެއް އެބިހުއްޓެވެ. 

    އެ މަނިކުފާނަށް ކުރިމަތިވެ ވަޑައިގަންނަވާނެ އެންމެ ބޮޑު އެއްގޮންޖެހުމަކަށް ވަނީ އެމަނިކުފާނުގެ ސަރުކާރު އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމެވެ. އެކަން ގޮންޖެހުމަކަށް ވަނީ އިދިކޮޅު ވަދަވެރި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮތުމެވެ. މަޖިލީހުގައި ޕީއެންސީ - ޕީޕީއެމްގެ ތިއްބަވަނީ އެންމެ އަށް މެންބަރުންނެވެ. އެމްޑީޕީގެ 56 މެންބަރުން އެބަތިއްބަވައެވެ. މި ހާލަތުގައި ޑރ. މުއިއްޒަށް ކެބިނެޓް އެޕްރޫވް ކުރެއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ. އެންމެ ބޭނުންފުޅުވެ ވަޑައިގަންނަވާ ކަހަލަ ވަޒީރުންގެ މަޖިލީހެއް އައްޔަނު ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަކީ ބޮޑު ގޮންޖެހުމަކަށްވާނެއެވެ. އެހެންކަމުން  ރައީސް ކަމަށް ޑރ. މުއިއްޒު އިންތިހާބުވެ ވަޑައިގެންފިނަމަ އެންމެ ފުރަތަމަ ވެސް ކުރައްވަން ޖެހި ވަޑައިގަންނަވާނެ ކަމަކީ މަޖިލީހުގެ މެންބަރުންގެ ތާއީދު ހޯއްދެވުމެވެ. އެކަމަކީ އެހާ ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ. 

    މަޖިލީހުގެ މެންބަރުން ބައްލައިވައިގަތުމަށް ފާޅުކަން ބޮޑު ގޮތެއްގައި ވަރުގަދަ ކޮރަޕްޝަނެއް ނުހިންގަވާ މަޖިލީހުގެ މެންބަރުން ހޯއްދެވުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެކެވެ. އެހެންކަމުން މުއިއްޒުގެ ވެރިކަން ފައްޓަވަންޖެހި ވަޑައިގަންނަވާނީ ކޮރަޕްޝަނުންނެވެ. 

    ރައީސް ސޯލިހު ހޮވިވަޑައިނުގަތަސް ދައުލަތުގެ ބާރު އެމްޑީޕީ އަތުން ގެއްލިގެނެއް ނުދާނެއެވެ. އެމްޑީޕީ އޭގެ ސްޓްރެންތުގައި އިދިކޮޅު ޕާޓީގެ ގޮތުގައި މަޖިލީހުގެ ބޮޑު މެޖޯރިޓީ އަކާއެކު އޮވެއްޖެނަމަ ޑރ. މުއިއްޒުގެ ވެރިކަން ޕެރެލައިޒްވެފައި އޮތް ބަލިމީހެކޭ ތަފާތެއް ނުއޮންނާނެއެވެ. މިނިވަން މުއްސަސާތަކާ ފަނޑިޔާރުގެ އޮންނާނީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލުގައެވެ. އެތަންތާގެ ހުރިހާ ބާރެއް އޮންނާނީ މަޖިލީހުގައެވެ.  

    އަނެއް ކޮޅުން ރައީސް ޔާމީނަކީ ވެސް މުއިއްޒަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ރައީސް ޔާމީނު މިނިވަން ނުކުރައްވާ އެންމެ ދުވަހަކު ވެސް ވެރިކަމުގައި ހުންނަވާކަށް ފަސޭހަފުޅެއް ނުވާނެއެވެ. އެތެޜޭގެ ޕްރެޝަރ އެއަށްވުރެ މާ ބޮޑު ވާނެއެވެ. އެހެނަސް މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ބޮޑުކޮށް އޮއްވާ ރައީސްއަކީ ޑރ. މުއިއްޒު ކަމަށް ވިޔަސް ރައީސް ޔާމީނު މިނިވަންކޮށް ދޫކޮށްލެއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ.

    ރައީސް ޔާމީނު ދޫކޮށްލެއް ވިއަސް ޑރ. މުއިއްޒަށް ސަލާމަތެއް ނެތެވެ. ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ގޮތަކަށް ސަރުކާރުން އެއްކަމެއް ވެސް ނުކުރެއްވޭނެއެވެ. ރައީސް ޔާމީނު އެދިވަޑައި ނުގަންނަވާ ގޮތަކަށް ކުޑަވެސް ކަމެއް ހިނގައިފިނަމަ އެދެން ކަންތަކާ ޖެހުނީއެވެ. ރައީސް ސޯލިހާ ރައީސް ނަޝީދަށް ދިމާވެ ވަޑައިގެން ހާލަތަށްވުރެ ހާލަތު ގޯސްވާނެއެވެ. 

    އާނއެކެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވިޔަސް ކުރައްވާނީ މީހެއްގެ ހިޔަނީގައެވެ. ސިޔާސީ ގޮތުން ޑރ. މުއިއްޒު ހުންނެވީ އަމިއްލަ ފައިންޕުޅު މައްޗަކު ނޫނެވެ. އދިކޮޅު ބޮޑު މެޖޯރިޓީއެއް މަޖިލީހުގައި އޮތް އިރު ވާގިވެރިވާން އޮތް ޕާޓީ އޮތީ އެހެން ބޭފުޅެއްގެ އަތްޕުޅު މަތީގައެވެ. ސިޔާސީ ގޮތުން ހައިޖެކްވެފައި ހުރި މީހަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއްވެސް ނުއޮންނާނެއެވެ.

    ޑރ. މުއިއްޒަށް ފުރަތަމަ ވެސް ޖެހިވަޑައިގަންނަވާނީ ދެކަމަކާ އުޅުއްވަށެވެ. އެއްކަމަކީ މަޖިލިސް މެންބަރުން ބައްލަވައި ގަތުމެވެ. ދެވަނަ ކަމަކީ ރައީސް ޔާމީނު ދޫކޮށް ލެއްވުމެވެ. ދައިލަތް ކޮޅަށް ޖައްސަވާ ވައުދުތައް ފުއްދަވަން އުޅުއްވޭނީ ވެރިކަން ސްޓޭބަލް ކުރެއްވިެންތާއެވެ.

    މިހާރު މިއޮތްގޮތަށް އޮވެ ޑރ. މުއިއްޒުގެ ވެރިކަމަށް ވަޑައިގެންފިނަމަ ޑރ. މުއިއްޒު ސިފަވަނީ ފުޅަންގެތްގެ މިސާލުގައެވެ. މައްޗަށް އެރިޔަސް އަޑިއަށް ދިޔަސް ސަލާމަތެއް ނެތެވެ. 

    ]]>
    Tue, 12 Sep 2023 15:22:31 +0500 ހީރަސްނިއުސް
    ގެރެންޓީ ހަމަވެފައިވާ ކުލަފާޓާ އަކަށް ދީން ހަދައިފި https://heerasnews.com/1812 https://heerasnews.com/1812 ދިވެހިން އިސްލާމުންގެ ގޮތުގައި ދިރިއުޅޭތާ 900 އަހަރުވީ ފަހުން ސިޔާސީ ބޭނުމަށް ރާއްޖޭން އިސްލާމް ދީން ފޮހޭ ވާހަކަ ގޮވާ ނަގާ ވަރުން ކަންފަތަށް ފޮރުއްޕާކަށް  ނެތެވެ. ހީވަނީ އިސްލާމް ދީނަކީ ގެރެންޓީ ހަމަވެފައި ހުރި ފާރުގަލާ ކުލަ ފާޓާއެއް ހެންނެވެ. ވާރޭ ވެހިއްޖެއްޔާ ފޮހެވެނީއެވެ. އަވި ދީފިއްޔާ ފޮޅެނީއެވެ. 

    30 އަހަރު ވެރިކަން ކުރުމުގައި ޔާމީންގެ ބޭބެ ދިވެހިންނަށް ދެއްކީ އިސްލާމް ދީނެވެ. 2008ގައި ރައްޔިތުން ނުރުހޭން ފެށީމާ ގޮވަން ފެށީ އެހެން ވެރިޔަކު އައިސްފިއްޔާ އިސްލާމް ދީން ފޮހެވޭނެ ވާހަކައެވެ. ވެރިކަމުގެ ދަހިވެތި ކަމުގަައި ދީން ކަމީނާ ކުރަން ފެށީ އެ މީހުންނެވެ. ވެރިކަން ބަދަލު ވެއްޖެއްޔާ ބަންގި ނުގޮވާނެ ކަމާ އިސްލާމީ މަރުކަޒު ތަޅާލާފައި ބުދުކޯލެއް ހަދާނެ ކަމަށް ގޮވިއެވެ. 

    ވެރިކަންތައް ބަދަލުވަމުން ބަންގީގެ އަޑު ގަދަވަމުން މިސްކިތްތައް ބިނާ ވަމުން މުންނާރުތަށް އުސްވަމުން ދަނީއެވެ. ކޮންމެ 5 އަހަރަކުން ދުވަސް ހަމަވެފައި ހުރި ކުލަ ފާޓާ އަކަށް އިސްލާމް ދީން ހަދާ އެ ފިކުރުގެ މީހުން އަނެއްކާ މިހާރު ވެސް އަނގަ ތާލަކަށް ނުޖެހި އެބަނދިވަރު އެބަ ދަމައެވެ.

    މާ އަޅުވެރި މާ ދީންވެރި މީހަކަށް ހެދިގެން މިސްކިތްތަކަށް އަރާ ފޮޓޯ ނަގާ އިސްތިހާރު މިކުރަނީ ކޮން އެއްޗެއް ކާކަށް ދައްކަން ހެއްޔެވެ. ކޮންމެ މީހަކު ތިޔަހެން ކުޅޭ ޑްރާމާއަކުން ދިވެހިން ވާވެއްދޭ ވަރަށް ވުރެ ދިވެހިނަށް ކާކަކީ ކާކުކަން އެނގެއެވެ. ދީނާ ގަައުމާ މިނިވަންކަމާ އިސްތިގުލާލޭ ކިޔައިގެން ޖައްސާ މިފޭކް ގިނަ ދިވެހިން ދަސްކުރި ފަހުން މި އިންތިޚާބްގައި ވެސް ހަމަ އެ ހާސަރު އެބަ ދަމައެވެ.

    ]]>
    Fri, 08 Sep 2023 10:45:51 +0500 ހީރަސްނިއުސް
    ހަރުކަށި ފިކުރުން ރާއްޖެ ހިފުން https://heerasnews.com/1810 https://heerasnews.com/1810 އިންޑިއާ އާ ޕާކިސްތާނުގެ ޒަމާންވީ ހަތުރު ވެރިކަމަކީ ސިއްރެއް ނޫނެވެ. ބޭރު ގައުމަކުން ތަޢުލީމު ހާސިލްކޮށްލާނެ ފަދަ ދިވެހިންނަށް ނެތް އިރު އަމުދުން  ރަށްފުށު ކުދިންނަށް ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާ އާ އަދިވެސް އެ ގައުމުގެ އެހެން މަދަރުސާ ތަކުގައި ތަޢުލީމު ޙާޞިލު ކުރުމުގެ ފުރްޞަތު ފަހިކޮށްފަައި އޮތީ ކީއްވެކަން މިހާރު އެބަ ރޭކާލައެވެ.

    ޕާކިސްތާނަށް ފަހު މަދީނާއަށް ގޮސް އިތުރަށް ދީން ކިޔެވުމުގެ ފުރްޞަތު އޭގެ ބައެއް މީހުންނަށް ލިބުނެވެ. އެހެން ވިޔަސް ރާއްޖެ އައުމަށްފަހު އަޅާ ހެދުމުގައި ވެސް އަރަބި ސަގާފަތަށްވުރެ އެމީހުން ގަޔާވެގެން ލަނީ ޕާކިސްތާނާ އަފްޣާނިސްތާނުގެ ފަޓާނީ ހަރުވާޅާ އަރިފެޅި ދިގު ކުރުތާއެވެ. ބޯނިވާ ކުރަނީ ވެސް ދާދި އެއް ގޮތަށެވެ.

    އަފްޣާނިސްތާނަކީ ދުނިޔޭގަައި އެންމެ ބޮޑު މަސްތުވާތަކެތީގެ އުފެއްދުންތެރިކަން އޮތް ގައުމެވެ. އެއް ބޯޑަރުން ޕާކިސްތާނާ އިންވެފައެވެ. ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިއަކަށް ޕީޕީއެމުން ދޭން ބުނި 10 ހާސް ރުފިޔާ ނުލިބުނަސް އަފްޣާންގެ ޑްރަގް ސިނާޢަތު އޮތީ އެހެނެއް ނޫނެވެ. ހެއްދިޔަސް ނުހެއްދިޔަސް އެ ބިމުގަައި އެހެރަ ހެދޭ އަފިހުން ގަސްތަށް ހީވާނީ ދެންމެ ދެންމެ ގަޔަށް އަރައިގެންފާނެ ހެނެވެ. ކަނޑު ބަނދަރުގެ ފަހިކަން ނެތުމާ ދުނިޔެއާ އޮންނަ ގުޅުން ކުޑަ ކަމުން އަފްޣާން މުދާ ހުއްދަ ލިބިގެންނާ ނުލިބި ދުނިޔެ ތެރެއަށް ސްމަގްލްވާން އޮތީ ޕާކިސްތާން ބޯޑަރެވެ.

    އިލްމުވެރިންގެ ނަމުގައި ލިސްޓް ހަދާލާ އިރު 300އަށް ވުރެ ގިނަ ވެގެން މުއިއްޒަށް ތާދުކޮށް އިންޑިއާ އާ ނުރުހިގެން މިއުޅެނީ ދިވެހި ޕާކިސްތާނީންނެވެ. ދިވެހި ފަސްގަނޑުގައި ދީނުގެ ނަމުގައި އިންޑިއާ އާ ވިއްދާނެ ބަޔަކު ރާއްޖޭގައި މިއޮތީ ޕާކިސްތާނަށް ހިލޭ ސާބަހަށް ލިބިފައެވެ.

    އިންޑިއާ އަކީ މި ސަރަހައްދުގައި ޑްރަގް ހިފައިގެން ދަތުރު ކުރާ އުޅަނދު ފަހަރަށް އޮތް ބޮޑު ހުރަހެވެ. އެބޯޓް ތަކަށް ފާރަލާ ހުއްޓުވާ އަތުލައިގަންނަ ބަޔަކީ އިންޑިއާ ނޭވީއާ އެއަރފޯސްގެ ސިފައިންނެވެ. ވީއިރު މުއިއްޒަށް ތާއީދުކޮށް އިންޑިއާ އައުޓަށް މަރުދޭ ޢިލްމުވެރިންނާ ހުރެ ދިވެހިން ހައިރާން ވާނެ ކަމެއް ނެތެވ.

    ]]>
    Thu, 07 Sep 2023 20:55:53 +0500 ހީރަސްނިއުސް
    ގާސިމު ކުރާ ކަމަކީ އަމިއްލަ އަންބޮނޑި ބޮޑުކުރުން https://heerasnews.com/1804 https://heerasnews.com/1804 ޕާޓީތަކަށް ވެރިކަން ހޯދައިދޭން ގާސިމު އުޅޭނެ ކަމެއްނެތެވެ. ހޮދު ޖުމްހޫރީ ޕާޓިއަށް ވެރިކަން ހޯދަން ވެސް އުޅޭނެ ކަމެއް ނެތެވެ. ވެރިކަން ހޯދާށާއި ވެރިކަން ހޯދާ ދޭން އުޅުއުޅެ ގާސިމު ވަރުބަލި ވެއްޖެކަން ގާސިމު ނުބުންޏަސް ވެސް ދިވެހިންނަށް އެނގެއެވެ.

    މީގެ ފަހުން ވަކި މީހަކަށް ތާއީދުކޮށް ވެރިކަން ހޯދާދޭން ގާސިމު ނޫޅުމަކީ ރަނގަޅު ނިންމުމެކެވެ. އެގޮތަކީ ދިވެހިން މާ ބޮޑަށްވެސް އެދޭ ގޮތެކެވެ. އެހެނީ މިވީހާ ތަނަށް ގާސިމު ކުރިކަމެއް ކުރީ ގައުމަށާ ރައްޔިތުންނަށް ހެވާ ލާބައަށްވުރެ އަމިއްލަ ފައިދާއަށް ކަމަށް ގިނަބަޔަކު ގަބޫލުކުރުމެވެ.  

    ރާއްޖޭގެ ސިޔާސީ ޕާޓީތައް ހަމަ ރަނގަޅަށް ވެސް ފެއިލްވެއްޖެ ކަމަށް ގާސިމު ބުނީމާ ފިސާރި ބާރަށް މީހުން ހިނި އާދެއެވެ. ސިޔާސީ ޕާޓީއެއް ހަދައިގެން އެ ޕާޓީއަކީ ވިލާ ކުންފުންޏަށް ވިޔަފާރި ހޯދާދޭ ސިޔާސީ ގޮތްޕަށް ހަދައިގެން ކޮންމެ ސަރުކާރަކުން ބޮޑުބައި ނަގައިގެން އުޅެމުން އެމީހުންނާއެކު އިތުރަށް ކެތެއް ނުކުރެވޭނެ ކަމަށް ގާސިމު ބުނީމާ ދުލެއް ނެތް މީހަކު ދުލެއް ގަނެގެންވެސް އެއްޗެއް ނުބުނެ ނުހުންނާނެއެވެ. 

    ގާސިމު ބުނާ ގޮތުން އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ހޯދައިދިނީ ގާސިމެވެ. ޕީޕީއެމަށް ވެރިކަން ހޯދާ ދިނީ ވެސް ގާސިމޯލައެވެ. ގާސިމު ބުނާ ގޮތުން އެމްޑީޕީގެ ދެ ރައީސުން ވެސް ކަންތައް ކުރީ ގާނޫނު އަސާސީއާ މުޅިން ހިލާފަށެވެ. ގާސިމު އެހެން ބުނާއިރު މިހާރުވެސް އެމްޑީޕީ އިސްވެ އޮވެ ހިންގަމުންދާ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރަކީ ގާސިމުގެ އަންހެނުންނެވެ. ފިޝަރީޒް މިނިސްޓަރަކީ ގާސިމް ދިން ސްލޮޓެއްގައި ހުރި ގާސިމުގެ މިހާރުގެ އެޑްވައިޒަރެކެވެ. އަދިވެސް އެތައް ބައިވަރު ސިޔާސީ މަގާމެއް ސަރުކާރުން ގާސިމު އޮތީ ހިސޯރުކޮށްފައެވެ. މިހެން މިކަން އޮތް އިރު ގާނޫނު އަސާސީއާއި ހިލާފަށް  މި ސަރުކާރުން އެއްވެސް ކަމެއް ކުރާނަމަ އެކަމެއްގައި ގާސިމުގެ ސީދާ ބައިވެރިވުން ނެތް އެއްކަމެއްވެސް ނޯންނާނެކަން ކަށަވަރެވެ. 

    ރާއްޖޭގެ މަސްކަނޑުން ބައެއް ދޫކޮށްލިކަމުގެ ތުހުމަތު މި ސަރުކާރަށް ގާސިމު ކުރާއިރު މި ސަރުކާރުގެ މަސްވެރިކަމަ ބެހޭ ވަޒީރަކީ ގާސިމުގެ އަޅެކެވެ. ޕަޕެޓެކެވެ. ޓޫރިޒަމް މިނިސްޓަރުކަން މި ސަރުކާރުގައި މިހާތަނަށް ކުރީވެސް ގާސިމު ޕާޓީގެ ފަރާތުން ގާސިމު އިސްކޮށްފައި ތިބި މީހުންނެވެ. އަލީ ވަހީދާއި މައުސޫމެވެ. މިހާވަރަށް މީހެއްގެ ހޭ ދެބައިވިމާ އެ މީހެއްގެ ބުއްދި ހަމަކަމާމެދު ސުވާލު އުފެދެއެވެ.

    ތެދެއް ބުނަން ހެއްޔެވެ. މިހާރު މިހިނގާ ރިޔާސީ އިންތިހާބުގައި ލާވޯޓު ދެވަނަ ބުރަކަށް ހިގައްޖެ ނަމަ ދެވަނަ ބުރަށްދާ ކޮންމެވެސް އެއްްބަޔަކާ ގާސިމު އަދިވެސް ބައިއަތު ހިފާނެއެވެ. ފިސާރި ގިނަ ކަންކަން ޝަރުތުކޮށް ދައުލަތުން ބޮޑު ބައެއް އަމިއްލަ ޖީބަށް މަހާލަން ޑިމާންޑް ކުރާނެއެވެ. އޭނާ އަރާ ފަޅިއަކަށް ވެރިކަން ލިބެއްޖެނަމަ އެދެން ކަންތަކާ ޖެހުނީއެވެ. އެ ބަޔަކަށް ވެރިކަން ހޯދާދިނީ އޭނާ ކަމަށްވެ މުޅި ދައުލަތުގެ ބާރުހުރި މަގާމުތައް ކައްވާލަން ފޫގަޅާނެއެވެ. 

    ދަތުރުފަތުރާ ޓޫރިޒަމާ މަސްވެރިކަން ފަދަ އޭނާގެ ވިޔާފާރި މަސްލަހަތު ހުރި ހުރިހާ ދާއިރާއެއްގެ ކޮންޓްރޯލު ހޯދަން ނޫޅެފިއްޔާ އެއީ ގާސިމެއް ނޫނެވެ. ހައްގުތެދެކެވެ. އެއްވެސް އިރަކު ގާސިމަކީ ދައުލަތް ލޫޓުވައިގެން އަމިއްލަ އަންބޮނޑި ބޮޑުކުރުން ނޫން ކަމެއް ކުރި މީހެއް ނޫނެވެ. 

    ]]>
    Tue, 05 Sep 2023 13:48:06 +0500 ހީރަސްނިއުސް
    އިންޑިޔާގެ މޯހިރުން ފައިދާ ނުހޯދާ ރިޔާސީ ކެންޑިޑޭޓެއް ނެތް https://heerasnews.com/1801 https://heerasnews.com/1801 ސަރަހައްދުގައި އޮތް ރާއްޖެއާ އެންމެ އެކުވެރި އެންމެ އެހީތެރި ގައުމަކީ އިންޑއާއެވެ. ބޭސް ފަރުވާއާއި އެހެނިހެން ޒަރޫރީ ބޭނުން ތަކުގައި އެންމެ ގިނަ ދިވެހިން އެހިތެރިކަން ހޯދަނީ އިންޑިއާ އިންނެވެ. ރާއްޖޭގައި ޑޮކްޓަރުންނާ ނަރުހުންގެ ގޮތުގައި ގިނައިން ތިބީ އިންޑިއާ މީހުންނެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ބާވަތްތައް އެތެރެކޮށް ބޭނުން ކުރަނީ ވެސް އިންޑިއާ އިންނެވެ. ރާއްޖެ ދުށް ކުއްލި ނުރައްކަލުގެ ހާލަތް ތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ލިބެނީ އިންޑިއާ އިންނެވެ. މިއީ މިއަދަކު އިއްޔެއަކު އެކަނި އޮތްކަމެއް ނޫނެވެ. އޮތް ގޮތެއް ނޫނެވެ. ޒަމާނުއްސުރެ ކަން ހިނގަމުން އައިމަގެވެ. 

    ސުނާމީ ހާދިސާއާއި ގުޅިގެން ލިބުނު މަދަދާ އެހީއާއި މާލޭގެ ފެނަށް ޖެހުމުން ލިބުނު ކުއްލި އެހީތެރިކަމާއި ކޮވިޑްގެ ހާލަތުގައި އިންޑިއާއިން ފޯރުވާ ދިން އެހީތެރިކަން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އެއްގޮތަށްވުރެ ގިނަ ގޮތް ގޮތުން ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ އަޅުވެތި ކުރުމާ އަޅުވެތިވުމާ އެއްވެސް ގުޅުމެއް ނެތް އެކުވެރި އަހުވަންތަ ގުޅުމެކެވެ.   

    ދުރުނޫން މާޒީއެއްގައި ރާއްޖެއަށް ދިމާވި އެންމެ ނުރައްކާތެރި އުދުވާނުގައި ރާއްޖެ އެހީތެރިކަން ހޯދީ އިންޑިއާއިންނެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލައިގައި ރަހީނު ކުރި މީހުން ސަލާމަތްކޮށް އެމީހުނަށް ފަރުވާކޮށް އަނބުރާ ރާއްޖެއަށް ގެނެސް ދިނީ އިންޑިއާ އަސްކަރިއްޔާއިންނެވެ. ނޮވެންބަރު ތިނެއްގެ ހަދިސާއާއި ގުޅިގެން އިންޑިޔާގެ އަސްކަރީ މަނަވަރުތާކައި އެތައް ހާސް ސިފައިންނެއް ރާއްޖެ އައިސް ދެއަހަރެއްހާ ދުވަހު ރާއްޖޭގައި ހަރަކާތް ތެރިވިއެވެ. އެ ދުވަހު ވެސް އިންޑިއާ ސިފައިން ރާއްޖޭން ދެން ނުފައިބާނެ ކަމަށް ބަޔަކު ދުއްޓެވެ. އެހެން ނަމަވެސް އައިބޭނުން ނިމުމާއެކު ދިވެހި ސަރުކާރުން އެދުނު ގޮތަށް އެމީހުން ރާއްޖޭން ފޭބިއެވެ. 

    ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ބިނާކޮށްދީ އެތަން ހިންގާ ދިނުމަށް އިންޑިއާއިން މީހުން އައިސް ތިބި ތިބުމަކީވެސް އިންޑިއާއިން ރާއްޖެ އަޅުވެެތި ކުރަން ކުރިކަމަށް ވާހަކަ ދެއްކިބަޔަކު ދެއްކިއެވެ. އެކަން ނިމުނީ ދިވެހި ސަރުކާރާ އެއްބަސްވީ ގޮތަށް އެތަން ހިންގުން ދިވެހި ސަރުކާރާ ހަވާލުކޮށް ދިވެހިރާއްޖޭގެ މައިހޮސްޕިޓަލްގެ ގޮތުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ހަމަޖެހިގެންނެވެ. އިންޑިއާ މީހުން އެތަނަށް ވެރިވެ ގަނެގެން ނުތިބެއެވެ. 

    އައްޑޫގައި ބިނާކުރި ޕޮލިސް އެކަޑަމީ އަޅަމުން ދިޔައިރު ވެސް އެ ތަނަކީ އިންޑިޔާގެ މިލިޓަރީ ބޭހެއް ކަމަށް ސިފަކޮށްގެން ފިތުނަވެރި ވާހަކަތައް ފެތުރިއެވެ. އާހިރުގައި އައްޑޫ ޕޮލިސް އެކަޑަމީއަކީ ވެސް ދިވެހި ފުލުހުންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ދިވެހިންގެ ތަނެއްގެ ގޮތުގައި އެ ހުރެ ހިނގަމުން ދަނީއެވެ. އެ ތާކު އިންޑިއާގެ މިލިޓަރީ އެއްވެސް ހަރަކާތެއް ނުހިނގައެވެ. މިލިޓަރީ ބޭހެޢް ނެތެވެ.

    އުތުރު ތިލަފަޅުގެ ވާހަކައަކީ ވެސް އެޒާތުގެ ވާހަކައެކެވެ. އުތުރު ތިލަފަޅަކީ ރާއްޖޭގެ ދިފާއީ ބާރުގެ ބޭނުމަށް ފައްކާ ކުރެވޭ މިލިޓަރީ ޑޮކްޔާޑެކެވެ. އުތުރު ތިލަފަޅުގައި ފައްކާ ކުރާ މިލިޓަރީ ޔާޑް ތައްޔާރުކޮށް ދެނީ އިންޑިއާއިންނެވެ. ތަނަކީ އަސްކަރީ ބޭނުމަށް ފައްކާ ކުރެވޭ ތަނެއް ކަމުން އެކަމުގައި އިންޑިއާގެ އަސްކަރިއްޔާގެ މަދަދާ އެހީތެރިކަން ފަންނީ ގޮތުންނާއި އަމަލީ މަސައްކަތުގައި ދިވެހި އަސްކަރިއްޔާއަށް ދެމުން ގެންދެވެނީ އެއްބަސްވެފައިވާ އެއްބަސް ވުމެއްގެ ދަށުންނެވެ. އުތުރު ތިލަފަޅު އެއްބަސްވުމާ އެއްގޮތަށް ފައްކާވެ ނިމުމުން އެ މަސައްކަތުގައި އައިސް އުޅޭ އިންޑިއާ އެކަކު ވެސް އެތާކު ނޫޅޭނެއެވެ. 

    ސިޔާސީ ވާދަވެރިން ރައްޔިތުންނަށް އޮޅުވާލާ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ފަތުރާ ފިތުނައިގައި ޖެއްސޭނީ މަދު ބަޔެކެވެ. ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ބޭހެއް ނެތީސް އަދި އެފަދަކަމެއް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތީސް ގައުމީ ސަލާމަތާ ގުޅުވައިގެން ދޮގު ތުހުމަތުތައް ފެތުރުމުގެ ނުރައްކާތެރި ކަމާމެދު ވިސްނާ ނުލާތީ ދެރައެވެ. ބޭރު ގައުމެއްގެ މިލިޓަރީ ބޭހެއް ހަދާނަމަ އެކަން ކުރަން އޮންނަ ބައިނަލް އަގުވަމީ ހަމަތަކަކާއި ގާނޫނީ އުސޫލުތަކެއް އޮންނަކަން އެނގިތިބެ ސަރުކާރުން އެވަރުކަމެއް ކުރާކަމުގެ ދޮގު ތުހުމަތު އަޅުވައިގެން އަވައްޓެރި އިންޑިއާ އާ ސިޔާސީ ގޮތުން ދިމާކޮށްލުމަކީ ރާއްޖޭގެ ވެރިކަން ހޯދަން އުޅޭ ބަޔަކު އަމިއްލަ އަތައް ގޮއްވާލުން ފަދަ ކަމެކެވެ.

    ގަބޫލު ކުރަން ބޭނުން ނުވިޔަސް ތިމަންމެންނަށް ވުރެ ހުރިހާ ގޮތަކުން ބާރުގަދަ ނުފޫޒު ގަދަ ގައުމެއްގެ އަސްކަރިއްޔާއާއި ޖައްސާލައިގެން އުޅުމަކީ އެ ބަޔަކާ ހަނގުރާމަ އިއުލާނު ކުރުން ކަހަލަ ބިރުވެރި ކަމެކެވެ. ވެރިކަން ކިތަންމެ ބޭނުން ވެގެން އިންޑިއާއަށް ބަދުބަސް ރައްދުކޮށް ބޭރު ކުރަން އުޅުނަސް އިންޑިޔާގެ މޯހިރުން ފައިދާ ނުހޯދާ ރިޔާސީ ކެންޑިޑޭޓެއް ނެތެވެ. ބަތާކައިގެން ތިބެ ސިޔާސީ ބާރުވެރިކަން ހޯދަން އިންޑިއާ ވިއްދާ ނުލިޔަސް ކުރާނެ އެހެން ކަންތަކާއި ދައްކާނެ އެހެން ވާހަކަ ވެސް ހުންނާނެއެވެ. 

    ]]>
    Sun, 03 Sep 2023 15:42:00 +0500 ހީރަސްނިއުސް
    ރިސޯޓު މުވައްޒަފުންގެ ޖަމްއިއްޔާ ރައީސް ސޯލިހާއެކު https://heerasnews.com/1800 https://heerasnews.com/1800

    ޓޫރިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އަކީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލަތުކުރާ ޖަމިއްޔާއެކެވެ. ރިސޯޓް ތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުއައްޒަފުން މި ޖަމްއިއްޔާގައި މެންބަރުންގެ ގޮތުގައި ތިބެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޓީމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރަން ވަނީ ނިންމާފައެވެ.

    ޓީމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ސޯލިހުގެ ފަސް އަހަރު ފެނިގެން ދިޔާއީ މީގެ ކުރިން އެއްވެސް ދައުރެއްގައި ކޮށްފައި ނުވާ ވަރަށް ރިސޯޓުތަކުގެ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތްކޮށް އެއްބާރުލުން ދީފައިވާ ފަސް އަހަރުގެ ގޮތުގައި ކަމަށެވެ. އެގޮތުން މަސައްކަތްތެރީންގެ ބައިވެރިވުމާ އެކު މިނިމަމް ވޭޖް ކަނޑައެޅުމުގެ މުހިންމު ސިޔާސަތު ތަންފީޒުކޮށް ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބުނުކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

    އޭގެ އިތުރުން 10 ޕަސެންޓް ސާވިސް ޗާޖު ނެގުން ލާޒިމުކޮށް އެކަން މޮނިޓާ ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނަށް އިސްލާހު ގެނެސް ގަވައިދު އެކުލަވާލިކަން ފާހަގަ ކޮށްފައި ވެއެވެ. ހަމަ އެހެންމެ ހަމައެއް ލަމައެއް ނެތި ކުރިން ވަޒީފާއިން ވަކިކުރި ކުރުން ހުއްޓުވުމަށް ގާނޫނު އިސްލާހުކޮށް ގަވައިދު އެކުލަވާލައިފައިވުމަކީ ޓީމުން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރިސޯޓު މުވައްޒަފުން އެދުނު ގޮތަށް ސްކޫލު ޗުއްޓީ ބަދަލު ކޮށްދިން ދިނުން ޓީމުން ފާހަގަ ކުރެއެވެ. 

    ޓީމުން ބުނެފައިވަނީ އެ ޖަމިއްޔާގެ ގިނަ މެމްބަރުން ކުރިން ބުނެވިދިޔަ ކަންކަން ބަލައިގަންނަކަމަސެވެ. އަނެއްކޮޅުން ކުރިއަށް މިއޮތް ދައުރުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތް ތެރިންނަށް ހާއްސަކޮށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލައިފައިވާތީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރަން ނިންމާފައިވާ ކަމަށް ޓީމްގެ ބަޔާނުގައިވެއެވެ.

    ]]>
    Sun, 03 Sep 2023 14:03:49 +0500 ހީރަސްނިއުސް
    ފްލެޓްގެ ދަރަނިން މިންޖު ކޮށްދެވޭނެ ހިތްވަރެއް ނެތް! https://heerasnews.com/1789 https://heerasnews.com/1789 ހިޔާވަހިކަމެއް ނެތް މީހުނަށް ފްލެޓަކީ ކޮންމެ ވެސް ވަރެއްގެ ހައްލެކެވެ. އެއްވެސް ގޮތެއްނެތިފައި ތިބި ބަޔަކަށް ކޮންމެވެސް ވަރަކީވެސް ވަރެކެވެ. އެގޮތުން ހިޔާވަހިކަމެއް ގޮތުގައި ފްލެޓްގަޑެއްވެސް ލިބުމަކީ ކުޑަކަމެއް ނޫނެވެ. އެކަން އެގެނީ އެގޮތަށްވެސް ތަންކޮޅެއް ލިބޭތޯ މަރުކަށި ކަނޑާ މީހުން ގިނަ ކަމުންނެވެ.

    ފައިސާ ދައްކައިގެން ދިގު މުއްދަތުން ވިޔަސް ފުލެޓް އަމިއްލަ ވާކަން ރަނގަޅެވެ. އުމުރު ހުސްވަންދެން ކުލި ދައްކާލަ ދައްކާލަ ތިބޭ ކުއްޔަކީ އަލިފާނަށް އެޅޭ ފައިސާ ކަމުގެ އިހުސާސް ކުލިދައްކާ މީހުން ކުރެއެވެ. އެ އިހުސާސް ކުރެވޭ މީހުނަށް ލަހުން ނަމަވެސް މިލްކުވާނެ ފްލެޓަކަށް ފައިސާ ދެއްކުމުގައި ހިތްހަމަ ޖެހުން ބޮޑެވެ. އެހެނަސް ދެރަކަމަކީ ފައިސާ ދައްކާ އަގު އަދާކޮށް ނިމޭއިރު ބައުވެ ހަސްނެތި ދިރިއުޅެން ހެޔޮނުވާ ވަރުގެ ތަނަކަށް މިލްކު ކުރެވޭ ފުލެޓް ވާތީއެވެ. ބައުވެ ހަސްނެތޭ ފުލެޓްގެ ބަދަލުގައި އެހެން ފްލެޓެއް ލިބޭނެ ނިޒާމެއް ރާއްޖޭގައި އަދި ރޭވިފައެއް ނެތެވެ. އާއިލާ ބޮޑުވެ އެއް ފްލެޓްގައި އުޅެވެން ނެތް ހާލަތައް ދިޔުމުން އެއަށްވުރެ ބޮޑު އެހެން ފްލެޓަކަށް ބަދަލު ވެވޭނެ އިންތިޒާމެއް ފުރުސަތެއް އަދި ހަމަޖެހިފައެއް ނެތެވެ.

    ހިޔާވަހިކަން ދިނުމުގެ ގޮތުން ފްލެޓް ލިބޭ މިހާއާއި ގޯތި ލިބޭ މިހާއާއި އިންތިހާ ދަރަޖައަށް ތަފާތެވެ. ފްލެޓަކީ އިމާރާތްކޮށް ނިމިގެން އަތަށް ތަޅުދަނޑި ލިބޭ ދަރަނީގެ ދަންތުރައެކެވެ. އިމާރާތް އުސްކޮށް ބޮޑުކޮށް ބަދަލު ގެނެސް އެތާ ދިރިއުޅެމުން އެތަނުން ވިޔަފާރީގެ ނަފާ ހޯދޭނެ ތަނެއް ނޫނެވެ. ހަމަޖެހިފައި އަދި އޮންނަ ގޮތުން ފްލެޓަކީ ދުވަސްވެ ބައުވުމުން ތަޅާލާފައި އަލުން އިމާރާތް ކުރެވެން އޮންނަ ތަނެއްވެސް ނޫނެވެ.

    ގޯތި އެއާ ވަރަށް ތަފާތެވެ. ގޯތީގެ ބޭނުން ކޮށްގެން ވިޔާފާރި ކުރެވެއެވެ. އާމްދަނީ ހޯދާ ވަސީލަތަކަށް ގޯތި ހެދެއެވެ. މަތި މައްޗަށް އިމާރާތް ކޮށްގެން އެތަނުގައި އެތައް ޒަމާނަކަށް އާއިލާ މެނޭޖު ކުރެވެއެވެ. ބޭނުން ވުމުން އިމާރާތް ތަޅާލާ އައު އިމާރާތެއް ބިނާކުރެވެއެވެ. ބިންވެރި ސްކީމްގެ ދަށުން 9000 ގޯތި މާލޭގެ ރައްޔިތުންނަށް ލިބިއްޖެއެވެ. ހިލެއެވެ. ވަރަށް ވެސް ބޮޑު ނިއުމަތެކެވެ. ކޮޅުނެތް ކޮޅަށް ޝުކުރުވެރިވާ ވަރުގެ ބޮޑު ކަމެކެވެ. ރާއްޖޭގެ އިޖުތިމާއީ އިގްތިސާދީ އެތައް މައްސަލަ ތަކެއްގެ ހައްލަކަށް މާލޭން ހިލޭގޯތި ދިނުން ވެގެން ދާނެއެވެ.  

    އަސާސީ ހިދުމަތެއްގެ ގޮތުގައި ފްލެޓާއި ގޯތީގައި ބޮޑުފަރަގެއް އެބަ އޮވެއެވެ. އަމްދުން ހިލޭ ގޯތި ދިނުމާއި ދަރަންޏަށް ފުލެޓް ދިނުމަކީ އަސާސީ ހިދުމަތް ދިނުމެއް ނޫނެވެ. ދައުލަތުން ރައްޔިތަކަށް އަސާސީ ހިދުމަތް ދޭން ޖެހޭނީ ހިލެއެވެ. ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ފުލެޓް އަސާސީ ހިދުމަތެއްގެ ގޮތުގައި ދެންޏާ ދޭންވާނީ ހިލެއެވެ.

    ފްލެޓް އެޅުމަށް ދައުލަތުން ހަރަދު ކުރިޔަސް އަސާސީ ހިދުމަތުގެ ގޮތުގައި ދެވޭ ބޯހިޔާވަހިކަމުން އަގުނުނަގާ ފްލެޓް ދިނުމުގެ ގާބިލުކަން ސަރުކާރުގައި ހުންނާނެއެވެ. ބަދަލު ކުރަން ޖެހެނީ ވިސްނުމެވެ. ބޮޑު ހޭދަކޮށްގެން ހިއްކާ ބިމުން ހިލޭ ގޯތި ދެވޭހެން ބޯހިޔާވަހިކަން ހޯދާ ދިނުމަށް ދޫކުރެވޭ ސޯޝަލް ހައުސިންގ ގެ އެއްވެސް ތަކުން ކުލި ނުވަތަ އަގު ނެގުމަކީ އިންސާފެއް ނޫނެވެ. ކުރިން ބަޔަކު ކުރިޔަސް އެއީ ބަދަލު ނުކޮށް ދޫކޮށްލާން ޖެހޭ ކަމެއް ނޫނެވެ. އެންމެ ކުޑަމިނުން ކަނޑައެޅޭ ވަކި ތާރީހަކުން ފެށިގެން ފްލެޓްތަކުގެ ކުލި މައާފްކޮށް ދެވުނަސް އެއީ ލައްކަ ބޮދު ވަރެކެވެ. މައާފުކުރާ ތާރީހާ ހަމަޔަށް ދައްކަންޖެހި ނުދައްކަ ހުރި ކުލި އިންތިޒާމެއްގެ ތެރެއިން ލުއިގޮތަކަށް ދައްކާ ނިންމޭނެ ހަމައެއް އެކަށަ އެޅިދާނެއެވެ. އުސޫލު ބަދަލު ކުރުމުގެ ކުރީން އެތައް ދުވަހެއް ވާންދެން ކުލީގެ ގޮތުގައި ދައްކާފައި ހުރި ފައިސާ އަނބުރާ ދެއްކުމަކީ ކުރެވޭނެ ކަމަކަށް ނުވެދާނެއެވެ.

    ޓެކްސް ފައިސާ ހަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ވިޔަސް ބިން ހިއްކާ ފުލެޓް އަޅާ ހަދަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަ ކޮށްދޭން ކަމުގައި ވާނަމަ އޭގެ ބަދަލުގައި ލޯލާރިއެއް ވެސް ރައްޔިތަކު އަތުން ނަގައިގެން ނުވާނެއެވެ. އެކަމަށް ކުރެވޭ ހަރަދު ހޯދާން ޖެހޭނީ ވިޔަފާރި އުސޫލުން ދައުލަތުން ހިންގާ ކަންކަމާއި ޓެކްސް ފައިސާއިންނެވެ. މަގުހެދުމާއި ބަނދަރު ހެދުން ފަދަ ކަންކަމަށް ދައުލަތުން ކުރާ ހޭދަ ކުރެވޭ ގޮތަށް ހިޔާވަހިކަން ހިލޭ ހޯދާ ދިނުން ވެސް ލާޒިމެވެ.

    އަސާސީ ފެންވަރަށްވުރެ މަތީ ފެންވަރެއްގައި ފްލެޓް ގަންނަން ބޭނުންވާ މީހުނަށް ގަނެވޭނެ ގޮތަށް އެކި އަގު އަގުގައި އެކި ފެންވަރުގެ ފްލެޓް ވިއްކަން ހުޅުވިފައި އޮތުމަކީ މުހިންމު ކަމެކެވެ. އަސާސީ ފެންވަރަށްވުރެ މަތީ ފެންވަރުގައި އުޅެން ބޭނުން މީހުން އޭރުން އެތަންތަން ގަންނާނެއެވެ. ބިން ވިއްކުމާއި ދިގު މުއްދަތަށް ކުއްޔަށް ދިނުމުގައިވެސް އެކަހަލަ އުސޫލެއް ތައާރަފް ކޮށްގެން ބިން ހިއްކުމަށް ކުރި ހަރަދު ހޯދުމުގެ އިންތިޒާމު ތަކެއް ހަޖައްސައިގެން އެކަން ފޫބެއްދުން ބުއްދިވެރިއެވެ.

    ދޭއަސާސީ ހިދުމަތުން އެކަމަށް ހިނގާ ހަރަދު ހޯދުމަށް އަމާޒު ހިފައިގެން ދައުލަތް ހިންގައިގެން ނުވާނެއެވެ. އާސަންދަ އާއި އެކަނިވެރި މައިންނާއި ނުކުޅެދުން ތެރިކަން ހުންނަ މީހުނާއި އެނޫން ގޮތްގޮތުން މީހުނަށް ދެވޭ އިނާޔަތް ދިނުމަށް އަގެއް ނުނަގައެވެ. ފެނާ ނަރުދަމާއާއި މަގުހެދުމާ ބަނދަރު ހެދުމާއި ބްރިޖް އެޅުން ފަދަ އަސާސީ ކަންކަމަށް ހިގާ ހަރަދު ފޫބެއްދުމަށް ރައްޔިތުން އަތުން އަގެއް ނުނަގައެވެ. އެހެން ކަމަށް ވާނަމަ ސޯޝަލް ހައުސިންގއަށް އަގެއް ނަގަން ޖެހޭ ސަބަބެއް ނެތެވެ. އަސާސީ އިންފްރާންސްޓްރަކްޗަރ އާއި ސޯސަލް ހައުސިން ފަދަ ކަންކަމަށް ދައުލަތުން އަގުނަގާ ނަމަ ދައުލަތެއް އޮތުމުގެ ބޭނުމެއް ނުއޮންނާނެއެވެ.  ވިޔާފާރިއާއި އަސާސީ ހިދުމަތް އޮޅުމަކީ ވަރަށް ބޮޑު ގޯހެކެވެ.

    ]]>
    Thu, 31 Aug 2023 17:48:42 +0500 ހީރަސްނިއުސް
    ފާރިސްއަށް: ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކީ މައުމޫނިޒަމް https://heerasnews.com/1784 https://heerasnews.com/1784 ދަރުމަވާނެއެވެ. މިވަގުތު ރާއްޖޭގައި އޮތް މައްސަލަތަކުގެ ވާހަކަ ފާރިސް ނުދައްކާށެވެ. އަދި އަދަށްވެސް ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ އަކީ މައުމޫނިޒަމެވެ. ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ މިނިވަންކަން އޮބަހައްޓައިގެން މުޅި ދައުލަތް ހިސޯރުކޮށްފައި އޮތީ މައުމޫނިޒަމުންނެވެ. ރާއްޖޭގެ މުއްސަނދި ކަމަކީ ހަމައެކަނި މައުމޫނިޒަމްގެ ހައްގެއްގެ ގޮތުގައި ދިގު ތިރީސް އަހަރާއި އޭގެ ފަހުންވެސް އޮތީ ހަދާފައެވެ. އަދިވެސް ތިޔަ އުޅެނީ ވީވަރު ކުޑަވެ ހަޒާނާއަށް އަތް ނުދެރިގެންނެވެ.

    ރައީސް ޔާމީނުގެ އަނިޔާވެރިކަމާއި ހިޔާނާތްތެރިކަން ދިވެހިންނަށް ކުރިމަތި ކުރުވީވެސް މައުމޫނިޒަމުންނެވެ. ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ގެނައި ބަޔަކު ގަދަކަމުން ގެނަޔަސް މައުމޫނިޒަމުން ރާއްޖެ މިންޖުވާކަށް އަދިވެސް ނެތެވެ. އޮތީއްޔާ އޮތް ޕާޓީއެއްގެ ތެރެއަށް މައުމޫނިޒަމް އޮތީ ސަވާރުވެއެވެ. މައުމޫނުގެ ދަރިން ތަންކޮޅެއް މަދުކަން އެއީ ދިވެހިންގެ ގައި ނަސީބެވެ. 

    ރާއްޖޭގެ ރައްޔިތުންނަށް އަމިއްލަ ދިރިއުޅުން ޤާއިމްކޮށް އަމިއްލައަށް ކުރިއަރައިގެންދާނެ ގޮތްތަކެއް ފަހިނުކޮށްދީ އާއިލާ އެންމެން މިލިއަނަރުންނަށް ހެދި މައުމޫނިޒަމްގައި އެހެން ވިސްނުމެއް އޮތް ކަމަށް ދައްކައިގެން ރައްޔިތުންގެ ހައްގޭ ފާރިސް ނުކިޔާށެވެ. ރާއްޖޭގައި އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ލިބިދޭން ޖެހޭ މިނިވަންކަން ކިހިލި ޖަހާލައިގެން ތިބެ ތިޔަ ދައްކަނީ ހުތުރު ވާހަކައެވެ. 

    ރައްޔިތުންގެ ގިނަ ބަޔަކަށް މިނިވަންކަމާ އެކީގައި އަމިއްލަ ދިރިއުޅުން ޤާއިމްކޮށް ކުރިއަރައިގެން ދާނެ ގޮތް ފަހިކޮށް ނުދީ އޮތީ ގަދަ ތިރީހުގައެވެ. ބޯފެނެއް ކަރަންޓެއް ނަރުދަމާއެއް ބަނދަރެއް ހަދާނުދީ 30 އަހަރު ސިންގަޕޫރުން މެންދުރުގެ ފަރިއްކޮޅަށް ޗާޓަރ ފްލައިޓްގައި ޖަނބުރޯލުކޯނި ގެނެސްގެން ފަރިއްކުޅުވި ބޭބޭފުޅުން ދުފާއެއްޗިއްސޭ ވިދާޅުވާތީ އަންނަނީ ހިންޏެވެ. އިޤްތިޞާދި މިނިވަންކަމޭ ސިޔާސީ މިނިވަންކަމޭ ނުކިޔާ އުފެދޭ ސަރުކާރަކުން ލިބެން އޮތީ ކޮންއެއްޗެއް ކިހިނެތްތޯ ބެލިއްޔާ މަތާހިރުވާނެއެވެ. ތިޔަ ކުރަނީ އެ މަސައްކަތް ނޫން ހެއްޔެވެ.

    ސަރުކާރު ހިންގާ ގޮތް އިސްލާހު ކުރުމޭ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމޭ، ވެރިން ޒިންމާދާރު ވުމޭ، ސިޔާސީ ނުފޫޒުން އެއްކިބާވުމޭ، އަދުލުވެރިކަމޭ، ހަމަހަމަކަމޭ ކިޔަން ފާރިސް ލަދުނުގަންނަ ކަމެވެ. ގެއްލުނު އަރާމުގެ މަސްތުގައި ވެރިކަމުން ބައިއެޅޭތޯ ތިޔަކުރާ ހިތްވަރަށް ހަމަ ސާބަހެވެ. ރާއްޖޭގައި ތަފާތުކުރުން އަށަގެންނެވި މައުމޫނިޒަމް އިތުރަށް އަށަގަންނަވަން ރައްޔިތުން ތިބީ ޖާގަދޭ ގޮތަކަށް ނޫނެވެ. 

    ]]>
    Mon, 28 Aug 2023 13:36:25 +0500 ހީރަސްނިއުސް
    އަސާސީ ހިދުމަތާ ދަރަނި ދަންތުރަ https://heerasnews.com/1771 https://heerasnews.com/1771 ދެކަމު ހާޖަތަށް ދަނީ ގޮނޑު ދޮށަށެވެ. ފެން ބޮނީ ދަނޑުމަތި ވަޅުންނެވެ. ފަޅުގާ މާކަނާ ހިނގައެވެ. ވައިރޯޅިއެއް ޖެހެލައިފިނަމަ ފަޅު އޮޑިފަހަރު ކަނޑަ ކަނޑައިގެން ލައްގައެވެ. ރަށްރަށު ރައްޔިތުންނަށް ހަމަ ނިދިނިދާ ނުލެވެއެވެ. 

    ރައްކާތެރި ބޯފެނެއް ނަރުދަމާއެއް ނެތެވެ. ބޭނުންވާ މިންވަރަށް ރައްކާތެރި ކަރަންޓެއް ނުލިބެއެވެ. ރަށްރަށަށް އަރާ ފައިބާނެ  ބަނދަރެއް ނެތެވެ. ބޯޅަދަނޑެއް ވޮލީ ކޯޓެއް ފުޓްސަލް ދަޑެއް ނެތެވެ. ތާރު އެޅިމަގެއް މަލްޓިޕާޕަސް ހޯލެއް ނެތެވެ. އަސާސީ ސިއްހީ ފަރުވާއެއް ނެތެވެ. ކުރާނެ ކަމެއް ކުރެވޭނެ ކަމެއްނެތި ހޮޅުއަށިތަކުގައި ވަގުތު ބޭކާރު ކުރުން ނޫން ކަމެއް ނުކުރެވިފައި ގިނަ ބަޔަކު ތިބީ ހަމަ އެކަނި ދުވަހުގެ ފުރާގުކޮޅު އެކަނި ލިބިގެންނެވެ. 

    2018 ނޮވެންބަރ 17 އާއި ހަމައަށް އައި އިރު ރާއްޖޭގެ ގިނަ ރަށްރަށުގެ ހަލަތަކީ މިއެވެ. ލަފާފުރޭ ވަރުގެ ރަނގަޅު ބަނދަރެއް ނެތެވެ. ކަރަންޓް ހުއްޓަސް ގިނަ ރަށްރަށުގާ ހުރީ ނަމެއްގައެވެ. ފެނާ ނަރުދަމާއަކީ ސްނާމީ ރިކަވަރީގެ ތެރެއިން ވަރަށް މަދު ރަށަކަށް ނޫނީ ލިބުނު އެއްޗެއް ނޫނެވެ. ދަތުރު ފަތުރުގެ ގައުމީ ވިއުގައެއް ނެތެވެ. 

    މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ އާއްމު ހާލަތަކީ ލެއްވެވީތީ ގެންދަވަންދެން ތިބުމެވެ. ކުރާނެ ކަމެއް ކުރެވޭނެ ކަމެއް ނެތެވެ. ރައްޔިތުންނަށްޓަކާ ސަރުކާރުތައް އުފެދި ހިނގަމުން އައެވެ. ދައުލަތުގެ ކެރިފޯރުންތެރި ކަމުގެ ޒައްރެއްގެ މިންވަރުވެސް ގިނަ ރަށްރަށުގެ ރައްޔިތުންނަށް ނުލިބެއެވެ. ހޯދައެއް ނުދެއެވެ. 

    ރައީސް މައުމޫނުގެ 30 އަހަރުން ފެށިގެންވެސް ދައުލަތް އޮތީ ދަރާވިކިފައެވެ. ދައުލަތް ދަރާ ވިކިގެން މުޅި ރައްޔިތަށް މީގެ ކުރީން ލިބުނު މަންފާއެއް ލާބައެއް ނެތެވެ. ލިބުނު ލުޔެއް ފަސޭހައެއް ނެތެވެ. އެހެނެއް ކަމަކު މިއަދު ތަފާތެވެ. 

    އެތައް ޒަމާނެއް ވާންދެން އަޅާނުލާ އިހުމާލު ކޮށްލެވިފައި އޮތް ރަށްރަށަށް ލިބެމުންދާ ހަލުވި ކުރިއެރުން ފެންނަން އެބައޮތެވެ. ދަރައިގެން ވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮންމެހެން ކުރަން ޖެހޭ ހުރިހާކަމެއް ވަކި ރަށެއް ނުބަލާ ތަފާތު ނުކޮށް އެހެރަ ދަނީ ކުރަމުންނެވެ. ކޮންމެ ރަށަކީ އިގުތިސާދީ މަސައްކަތްތަކެއް ހިންގޭވަރުގެ ގާބިލުކަން ހުރި ރަށަކަށް މިއަދު އެދަނީ ވަމުންނެވެ. 

    ރައްޔިތުންނަށް އަސާސީ ހިދުމަތްތަކާއި އިގުތިސާދީ ފުރުސަތުތައް ހޯދާ ނުދީވެސް ގައުމު އޮތީ މީގެ ކުރީން ދަރުވާލާފައެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްޓަކާ ދެރުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ. ދަރަނި މެނޭޖުކުރަމުން މުޅި ރާއްޖޭގެ ހުރިހާ ރަށެއް އެއްފަހަރާ ލާފުރާ ފުރިހަމަ ކުރަމުން ޒަމާންތަކަށް ދެމިގެންދާހެން ގައުމު ބިނާކުރުމަކީ ރައްޔިތުން އެދޭ ގޮތެވެ. ކުރިން ނުކޮށް އޮތް ހުރިހާ ކަމެއް އެއްފަހަރާ ކޮށް ނިންމާލުމުން އެ މަސައްކަތް ކުރާކަށް ދެނެއް ނުޖެހޭނެއެވެ. އަސާސީ ކަންކަމުން އަތް ދޫކޮށްލާ ނަފާވެރި އިގުތިސާދީ ކުރިއެރުން ތަކަށް ހުރިހާ ހިސާބެއް ހުޅުވިގެން ދާނެއެވެ. 

    އިންޑަސްޓްރިއަލް ބޮޑެތި ބޮޑެތި މަސައްކަތުގެ ވާހަކަ ނޫނީ އޭރަކުން ނުދެކެވޭނެއެވެ. ފެން ނެތިގެން ލަފާ ނުފުރިގެން ކަރަންޓް ނުލިބިގެން އުޅުމުގެ ވާހަކަ ދައްކާ މީހަކު ދެން ނޫޅޭނެއެވެ. ކުރާނެ ކަމެއް ނެތި ބިއްޖެހިފައި ހޮޅުއަށިތަކުގައި މޫކަނޑާ ތާސްކުޅެން ނުތިބެ ހަރާކަތްތެރި ނަފާވެރި ރައްޔިތަކަށް ކޮންމެ މީހަކު ބަދަލުވެގެން ދާނެއެވެ.  

    ]]>
    Fri, 25 Aug 2023 09:31:09 +0500 ހީރަސްނިއުސް
    މީ އަޅުގަނޑު ދައްކާލާ ހުވަފެނެއް:ނާޒިމް https://heerasnews.com/1759 https://heerasnews.com/1759 ދުނިޔޭގެ އެކި ގައުމު ތަކުގައި ރިޔާސީ އިންތިހާބަކީ އެންމެ ވާދަވެރި ކަމާއެކު ބާއްވާ އެއް އިންތިހާބެވެ. ތަފާތު ޕާޓީ ތަކުގެ ތަފާތު ހިޔާލު ތަކުގެ ތަފާތު ވައުދުތައް  ފެނިގެން ދެއެވެ.

    ރާއްޖެއަކީ ވެސް ރިޔާސީ އިންތިހާބުގެ ފޯރި ކުޑަ ގައުމެއް ނޫނެވެ. އެގޮތުން މި ދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ފޯރިޖެހި ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅުންގެ ކެންޕޭނު ހިގަމުންދާ ދުވަސްވަރެކެވެ.  އެކި އެކި ވައުދުތަކާ މެނިފެސްޓޯތައް އިއުލާން ކުރެވެމުން އިވެމުން އެބަ ދެއެވެ.

    އެހެން ނަމަވެސް އިއްޔެ ރޭގެ ވަގުތެއްގައި އިއުލާން ކުރެވިގެން ދިޔައީ MNPގެ ވެރިކަމެއްގައި މާލެއައް ރާވާފައިވާ ހިޔާލީ ތަސައްވަރެކެވެ. ވިސްނާލުމެއް ނެތި ބަލާލައިފި ކޮންމެ މީހަކައް ސިފަ ވާނީ ހަމަ ސިންގަޕޫރާއި އެއް ފަދައިންނެެވެ. އެހާވެސް ކުރެހުންގަނޑާއި ވީޑިއޯޕްރެސެންޓޭސަން ފުރިހަމައެވެ. ނަމަވެސް ވިސްނާލައިފި މީހަކަށް މިކަން ގަބޫލު ކުރަން ދަތިވާނެއެވެ.

    ރާއްޖެއަށް މުހިންމީ އަދިވެސް ވެރިރަށް މާލެއައް ބަރޯސާވުންތޯއެވެ. .ނޫނީ ޖަނަވާރުންގެ ޑޭކެއަރ ސެންޓަރެއްތޯއެވެ. ނޫނީ ތޮއްޖެހިފައިވާ މާލެ ސިޓީއަށް އަނެއްކާ ވެސް ބާރުބޮޑު ކުރަން އިތުރު މޯލްތަކާއި މުނިފޫހި ފިލުވުމުގެ ނަމުގައި ވަކި މަގްސަދެއް ހާސިލް ކުރުމައްޓަކައި ނާސިގެ ތަކެއް އުފައްދަން ތޯއެވެ.

    ހަގީގަތަކީ މިއަދު ދިވެހިން ބޭނުން ވަނީ، އަމިއްލަ ރަށުގައި ނުވަތަ ރަށާއި ކައިރިން ހުރިހާ ހިދުމަތެއްވެސް ފަސޭހަ ކަމާއެކު ލިބެން ހުންނާށެވެ. ޖަނަވާރުންގެ ބަދަލުގައި މަސައްކަތުގައި އުޅޭ މައިންނަށް އެ މީހުންގެ  ކުދިންބލާނެ ރައްކާތެރި ޑޭކެއަރ ތަކެވެ. 

    އެންމެ ބޮޑު ތަރައްގީއަކީ ދުނިޔޭގެ އެންމެ ޑެންސިޓީ ބޮޑު ވެރި ރަށަށް މާކެ ހެދުމަށް ދެއްކި މޮޅު ވާހަކަ ދައްކައިގެން މާލެ ނައިސް ނުވާ ގޮތަށް ހަދާ މާލެ ބިނާކުރުމުގެ ނަމުގައި މާލެފަނާ ކުރަން ކިރުފެލާ ގެރިއަށް ރައްތައް ވާކަށް މިހާރަކު ރަށުމީއަށް ގަބޫލެއް ނުކުރެވެއެވެ. އެ ބައެއްގެ އަމިއްލަ ރަށުގައި ސިއްހަތާ މުޖުތަމައަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ ކުޅިވަރާއި މުނިފޫހިފުލުވޭނެ ތަންތަނެވެ. .

    ކޮންމެއަކަސް ވައުދެއް ވެއްޖެއެވެ. މިބޭފުޅުންނައް އުޅެ އެޅެވެސް އޮއްޓަރެއް ހުރި ރައްޔިތުންނަށް ފައިދާހުރި ވައުދެއް ނުވެވުނެވެ. ވާނީވެސް އެހެން ތާއެވެ. MDP ގެ މެނިފެސްޓޯގައި ނެއް ވައުދެއް ނެތެވެ.

    މާކުރިން ވައުދުވެ ވައުދު ފުއްދަމުން އައި ވެރިއަކަށް ދެންވެސް ކުރެވޭނެ ކަންކަމާ ކޮއްދެވޭނެ ކަންކަމާ މާބޮޑަށް އެނގެއެވެ. ރައްޔިތުން އެންމެ ބޭނުން ޖެހިފަ ތިބި ކަންކަން މާގާތުން އެނގެއެވެ. ވައުދުގެ ވައުދު ފުއްދަވާ ވެރިއަކު ޓެސްޓްކޮށް އޭ ސްޓަރ ދީފާވާ އެހުރީ ހިދުމަތަށް ނިކުމެއެވެ. ރައްޔިތުން މިއަދު ބޭނުން ވަނީ ހަގީގީ ކުލަޖެހިފަވާ އުފާވެރި އަމާން ރާއްޖެއެކެވެ. ނާޒިމް މެން ތިޔަވދައްކަވާ ކުލަ ނުޖެހޭނެ ހުވަފެނެއް ނޫނެވެ.

    ]]>
    Sun, 20 Aug 2023 03:03:19 +0500 ޒުރޫ
    ހަތަރެސްފަޔަށް އަންގިލައްވާ ބޮނދައިގެން ވެރިކަމެއްނުވާނެ! https://heerasnews.com/1743 https://heerasnews.com/1743 އަނެއްކާވެސް އެއްކަލަ ބަނގުރޫޓު ލަވަ ފެށީއެވެ. ސިޔާސީ ގޮތުން ދައްކާނެ ވާހަކައެއް ނޭނގެންޏާ ވާހަކަ ނުދައްކާ ތިބޭށެވެ. ލަންކާއަށް ވީހެން ރާއްޖެއަށްވެ ބަނގުރޫޓުވާން މީގެ ކުރިންވެސް މުއްދަތު ދެމުން އިދިކޮޅުން ދިޔައެވެ. ކޮވިޑްގެ ވަބާއަށް ފަހު ރިސޯޓުތައް ނުހުޅުވޭނެއޭ ކިޔެވެ. ރިސޯޓުތައް މަސް ކައްކާ ބަދިގެ ތަކަކަށް ހަދަން ގޮވިއެވެ. އެކަމަކު އެހެނެއް ނުވިއެވެ. 

    ރައީސް ސޯލިހު ރާއްޖޭގެ އިގުތިސާދު ނަގާ ކޮޅަށް ޖެއްސެވީ ރައްޔިތުން ބަނޑަށް ޖައްސާފައެއް ނޫނެވެ. ކޮވިޑަށް ފަހު ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލު ގޮތުގައި ޖެހިޖެހިގެން ތިން އަހަރު ރާއްޖެ ވެގެން ދިޔަތަން ޑރ. ވަހީދު ނުދެކެނީ ތާއެވެ. ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން ހުވަފެނުން ވެސް ނުދެކޭ ކުރިއެރުން ރަށްރަށަށް ލިބި އިގުތިސާދު ފުޅާވަމުން ފުރުސަތުތައް ހުޅުވެމުން ދާތަން ނުފެންނަނީ ހެއްޔެވެ. 

    ލޯނޭ ދަރަންޏޭ ކިޔައިގެން ރައްޔިތުން ބިރު ގަންނަވަން ނުހަދާށެވެ. ވައިގެ މަގުންނާ ކަނޑުގެ މަގުން މުޅި ރާއްޖެ ގުޅި މުޅި ރާއްޖޭގައި އިގްތިސާދީ ހަރަކާތްތައް އެއްވާނަކަށް ހިނގައިގަނެ ދައުލަތުގެ ރިޒާވް މަތިވެ ދަރަނިތައް ޝެޑިއުލާ އެއްގޮތަށް އަދާކުރެވޭނެ ވަރުގަދަ އިގްތިސާދީ ވެއްޓެއް ބިނާވެ ފަހިވަމުން ދާތަން ނުފެންނަނީ ކީއްވެ ހެއްޔެވެ. ރަށްރަށަށް ލަފާފުރަން ފަސޭހަވެ އިގްތިސާދީ މަސައްކަތްތައް ކުރެވޭ ވަރަށް ކަރަންޓް ލިބިދީ ގެސްޓް ހައުސް ވިޔަފާރިއަށް ހުރިހާ ރަށެއް ފައްކަވާތަން ނުފެންނަނީ ހެއްޔެވެ. ރަށުގައި އުފައްދާ ތަކެތި ދުރުގައި އޮތް އަނެއް ރަށަށް ފޯރުކޮށް ދެވޭހެން އަވަސް ހަލުވި ދަތުރުފަތުރުގެ ވިއުގައެއް ނިމެމުން ދާތަން ނުފެންނަނީ ހެއްޔެވެ. 

    ރަށުގައި ތިބެ އަދާކުރާނެ ވަޒީފާއާއި ކުރާނެ މަސައްކަތެއް ކުރުމަށް ފަހި މާހައުލަކަށް ހުރިހާ ރަށެއް ވާތަން ނުފެނޭ ހެއްޔެވެ. ބޮޑު ތިލަދުން މައްޗާ އައްޑޫގައި ފެށައިގެން ކުރިއަށް ގެންދާ ބޮޑެތި އިގްތިސާދީ ހަރަކާތްތަކުން ވާނެ މަންފާގެ ހިސާބު ޖަހަން ނޭނގިގެން ތިޔަ އުޅެނީ ކީއްވެ ހެއްޔެވެ. އައްޑޫ ހިތަދޫ ޕޯޓު ހަބާއި ތިލަދުން މަތީ ޕޯޓްސިޓީން ދެވޭ ހިދުމަތުން ދުނިޔެއަށް ރާއްޖެ ހުޅުވި ނަފާވާނެ ކަން ނޭނގޭތީ ދެރައެވެ. ކޮވިޑާއި ޔޫކުރޭން ހަނގުރާމައިގެ އަސަރު ކުޑަކޮށް ރައްޔިތުން ބަނޑަށް ނުޖައްސާ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ހިންގާ ކޮޅަށް ޖެހިތަން ނުފެންނަހާ އަނދިރީހެއްޔެވެ.

    ރާއްޖެ ބަނޑަށް ނުޖައްސާ ވެރިކަން ކުރެވޭނީ ހަމަ އެކަނި ގާސިމަށް ކަމަށް ހީވެގެން އުޅޭ މީހަކު ގާސިމު ކައިރިއަށް އަންނަން އެނގުނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުލިބުމުން ހެއްޔެވެ. ދިހަ އަހަރު ޕީޕީއެމުގައި ނަކަސް ތެޅީ ގާސިމު އެހެން ހުއްޓާ ނޫން ހެއްޔެވެ. އަތްގުޅި ނުކާވަރުގެ ވާހަކަ ޑރ. ވަހީދެއް ކަމަކު ނުދައްކާށެވެ.

    ބުނަން ހެއްޔެވެ. އަންނަ އަހަރު ލޯނުގެ ގޮތުގައި ދައްކަން ޖެހެނީ ކޮންމެ އަދަދަކަށް ވިޔަސް އެ އަދަދެއް މިސަރުކާރުން ދައްކާނީ ރައްޔިތުންނަށް އެކަމުގެ ތަކުލީފެއް ނުޖައްސައެވެ. ބޭރުގެ ގައުމުތަކަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އެއްޗެއް ދައްކަމުން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދެމުން މި ސަރުކާރުން ދާތަން ނުފެންނަނީ ވެރިކަމުގެ މަސްތު ބޮޑުކަމުންނެވެ. ޑރ. ވަހީދު ނުބުންޏަސް ގައުމުގެ ކަންކަން ރަނގަޅުކުރަން އަބަދުވެސް ފިޔަވަޅުތައް އަޅަން ހުރެއެވެ. އެކަން މި ސަރުކާރަށް މާބޮޑަށް އެނގެއެވެ. ލޯނުތައް ރީސްޓްރަކްޗާރ ކުރުމާއެކު ރާއްޖޭގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބާރު ސްޕީޑްގައި ކުރެވޭކަން ވަހީދަށް ނޭގިދާނެއެވެ. 

    ލޯނުތައް ރީސްޓްރަކްޗާރކޮށް ރާއްޖޭގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް އެންމެ ރަނގަޅަށް ހަދާ ދެވޭނީ ގާސިމް އިބްރާހިމަށޭ ބުނީމާ އަންނަނީ ހިންޏެވެ. ކަމެއް ދިމާވާއިރަށް މުއައްޒަފުންގެ މުސާރަ ކުޑަކޮށް ވަޒީފާއިން ވަކިކޮށް ސާރވިސް ޗާޖް ނުދީ އުޅޭ މީހަކަށް ލެވޭނީ ގައުމު ފުނޑައެވެ. ކިތަންމެ ކުޑަކަމެއް ދިމަވާ ވިޔަސް ތަރައްގީގެ މަސައްކަތްތައް ހުއްޓާލާ މުއައްޒަފުންތައް ކަނޑާލާ ހަތަރެސް ފަޔަށް އަންގިލައިގެން ޅަކުއްޖެއްގެ ބަނޑުދަށަށް ވަދެ ބޮނދާ އޮންނަ މީހަކަށް ހިންގޭނެ ގައުމެއް ނޯންނާނެއެވެ.

    ]]>
    Sun, 13 Aug 2023 15:43:56 +0500 ހީރަސްނިއުސް
    މުއިއްޒު ވެރިކަމެއްގާ އޮންނާނީ ސަލަފީ ސަރުކާރެއް https://heerasnews.com/1740 https://heerasnews.com/1740 ސަލަފް ޖަމްއިއްޔާގެ ކަންދަހާރު ޝޭހުންނަށް މުއިއްޒު ނޫނީ ވެރިކަމެއް ކުރެވޭ ވަރު މީހަކު ނުފެނުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ. ޑރ. މުޢިއްޒު އާ ބައްދަލުކޮށް ސަލަފުން މުއިއްޒުގެ ވެރިކަމުގެ ތަސައްވުރު ސާފު ނުކުރިޔަސް މުއިއްޒަކީ ސަލަފުގެ މީހާކަން އޮޅިފައެއް ނެތެވެ. މުއިއްޒާ މެދު ސަލަފަށް އިތުބާރު އޮންނާނެއެވެ. ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ގާބިލުކަން ހުރި ކަމަށްވެސް ސަލަފަށް މުއިއްޒު ވާނެއެވެވެ. ސަލަފުގެ ތާއީދު ޑރ. މުޢިއްޒުއަށް ނެތިއެއް ނުދާނެއެވެ. 

    ވާނީ އެހެންތާއެވެ. ޑރ. މުއިއްޒަކީ ސަލަފުގެ ރައީސް އަބްދުއްލާގެ ބޮޑު ޅިޔަނެވެ. ޗާގޯސް ކޯލިޝަންގެ ރައީސް އިބްރާހީމްގެ ވެސް ބޮޑު ޅިޔަނެވެ. ބާބުލްއަވާލީ ޖަނާބުގެ ދަނބި ދަރިއެވެ. ސަލަފަކީ ބާބުލްއަވާލީއެވެ. ރައީސް ޔާމީނު ވުޖޫދުން ފުހެލައިގެން ޕީޕީއެމް މެންބަރުން ޖަޒްބާތުގައި ޖައްސައިގެން މުއިއްޒު ރާއްޖޭގައި ގާއިމު ކުރަން މިއުޅެނީ ކަންދަހާރީ ވެރިކަމެކެވެ. ޕީޕީއެމްގެ ވެރިކަމެއް ނޫނެވެ.  

    މުއިއްޒުގެ އަމަލުތައް ބަހައްތަވަމުން ގެންދެވި ގޮތުން ރައީސް ޔާމީނުގެ ހިތުލޯބި މުއިއްޒުގެ މައްޗަށް ނެތްކަން ވަރަށް ސާފެވެ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނުގެ ބަހަށްވުރެ ބޮޑަށް ހިނގާނީ ސަލަފުގެ ކަންދަހާރު ސޭހުންގެ ބަސްކަން ރައީސް ޔާމީނަށް އެނގިވަޑައިގަނެއެވެ. ސަރުކާރުގެ ރަސްމީ ހެދުމަކީ ކަންދަހާރު ލިބާހާ ބޮލު ފަގުޑިއަށް ހަދާނެކަން ދެނެވަޑައި ގަނެއެވެ. ސަރުކާރުގެ މަތިފަޑީގައި ތިބޭނީ ޕީޕީއެމާއި ޔާމީނުގެ ވަފާތެރިން ނޫންކަން ވެސް ވިސްނި ވަޑައިގަނެއެވެ. ރައީސް ޔާމީނަށް އެ ވިސްނި ވަޑައިގަންނަވަނީ ހަމަ ރަނގަޅަށެވެ. މުއިއްޒުގެ ސަރުކާރެއްގައި ތިބޭނީ ސަލަފީންނެވެ. 

    ތާލިބާނުންގެ އައްޑާއަކަށް ރާއްޖެ ބަދަލުކޮށް އެންމެ ގާތް ބަޔަކީ ތޮލިބާނުން ކަމަށް ވެރިކަމުގެ ފުރަތަމަ ދުވަހުވެސް އޭނާ ހަދާނެއެވެ. ރައީސް ޔާމީނު މިނިވަން ކުރާނޭ ކަމުގެ ދަލަ ދެއްކިޔަސް އެހެން ގޮތެއް ނެތިގެން ނޫނީ އެކަމެއް މުއިއްޒެއް ނުކުރާނެއެވެ. ރައީސް ޔާމީނުގެ ނަންފުޅު މުއިއްޒު ބޭނުން ކުރަނީ ހަމަ އެކަނި ކެންޕޭން ޓޫލެއްގެ ގޮތުގައެވެ. 

    ރައީސް ޔާމީނު ނެތް ހާލަތެއްގައި ރައީސް ޔާމީނުގެ ޗޮއިސްއަކީ މުއިއްޒު ނޫންކަން ވިސްނައިފި މީހަކަށް ރަނގަޅަށް އެނގޭނެއެވެ. ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރަން ވިދާޅުވުމުގެ ފަހަތުގައި އޮތީ މުއިއްޒު ޕީޕީއެމްގެ ހިޔަނިން ވެރިކަމަށް ނިކުތަ ނުދެއްވުންކަން ކިތަންމެ ހާވެސް ސާފުކޮށް އެނގޭނެއެވެ. މުއިއްޒު ވެރިކަމަށް އަތުވެއްޖެ ނަމަ ވާނެ ގޮތް ރައީސް ޔާމީނަށް ވިސްނި ވަޑައިގަނެއެވެ. އެމްޑީޕީގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ކަން ވީގޮތަށް ވުރެ މުއިއްޒުގެ ވެރިކަމެއްގައި ކަންކަން ގޯސްވެ ރައީސް ޔާމީނު ހާލުގައި ޖެހި ވަޑައިގަންނަވާނެއެވެ. 

    ވެރިކަމަށް އައުމަށްޓަކާ ތާއީދު ހޯދަން ކިތަންމެ ރައީސް ޔާމީނު ވެގެން އުޅުނަސް ރައީސް ޔާމީނު  މިނިވަންވެ ވަޑައި ގަތުމުން ވެރިކަމުގައި ރައީސް ޔާމީނު ބައިވެރި ނުކުރައްވާނެކަން ރައީސް ޔާމީނަށް ކަށަވަރުވެ ވަޑައި ގަންނަވައެވެ. މާލެ ސިޓީކައުންސިލް ހިންގުމުގައިވެސް ރައީސް ޔާމީނުގެ ވަފާތެރިންނާމެދު މުއިއްޒު ކަންތައްކުރެއްވި ނިކަމެތި ގޮތް ތަޖުރިބާ ކުރެއްވި ބޭފުޅުންނަށް އެކަން ނިކަން ރަގަޅަށް ވިސްނި ވަޑައިގަންނަވާނެއެވެ. 

    ]]>
    Sat, 12 Aug 2023 15:15:06 +0500 ހީރަސްނިއުސް
    ޑރ. ޑިޑީއަށް: އަދިވެސް އުއްތަމަ ފަނޑިޔާރޭ ހީވަނީތަ! https://heerasnews.com/1735 https://heerasnews.com/1735 ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކޮށްފައިވާ މީހަކު ސްޕްރީމް ކޯޓުގެ އިތުބާރު ގެއްލުވާލަން އުޅޭއުޅުން ހުއްޓުވުމަކީ ދައުލަތާ ކޯޓުތަކުގެ މައްޗަށް ލާޒިމު ކަމެކެވެ. ކުރީގެ ރައީސް ޔާމީންގެ ކެންޑިޑެސީ އާއިމެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބު ތަދައްޚުލް ކުރުވީ ކަނޑައެޅިގެން ޕްރޮސީޖަރ ޤާނޫނުގެ އުޞޫލުތަކާ ޚިލާފަށް ކޯޓުގެ ތަޤުދީރީ ބާރު ނަހަމަ ގޮތުގައި ބޭނުން ކޮށްގެންކަމަށްބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުއްލާ ދީދީ ވާހަކަ ދެއްކުމަކީ ކޯޓުތަކުގެ ހުރުމަތް ކެނޑުން ނޫން ދެވަނަ ކަމެއް ނޫނެވެ. 

    އަޖައިބެއް ނުވާނެ ހެއްޔެވެ. ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ މައިގަނޑު މަސްދަރަކީ ރާއްޖޭގެ ގާނޫނު އަސާސީއެވެ. އިންޓަނޭޝަނަލް ބެސްޓް ޕަރެކްޓިސްއަށް ދާން ޖެހެނީ ވެސް ގާނޫނު އަސާސީގައި ނެތްކަމެއްގައެވެ. ގާނޫނު އަސާސީގެ ވަކި މާއްދާއެއް މާނަކުރުމުގައި ހިލާފެއް އުފެދޭނަމަ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ދިޔުމަކީ ނެތްކަމެއް ނޫނެވެ. 

    ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަންޑާރަ ނައިބުގެ ޒިންމާ ތަކާ ވަޖިބުތަކާކައި ކުރެވޭނެ ކަންކަމާ ގުޅިގެން ތަފްސީލްކޮށް ބަޔާންވެފައި އެބައޮތެވެ. ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ރ)ގައި ބުނަނީ " މަދަނީ މައްސަލަތަކުގެ ތެރެއިން ސަރުކާރު ޝާމިލްނުވާ މައްސަލަތަކުގައި ވެސް، ދައުލަތުގެ މަޞްލަޙަތެއް ނުވަތަ ޢާންމު މަޞްލަޙަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއެކު، އެ މައްސަލައެއް ހިނގާއިރު ބަންޑާރަނައިބަށް ކޯޓަށް ހާޒިރުވެ ވާހަކަ ދެއްކިދާނެ" ކަމަށެވެ. 

    ރައީސް ޔާމީނުގެ ކެންޑިޑެސީ ބާތިލުކުރުމުގެ މައްސަލައަކީ ދައުލަތުގެ މަސްލަހަތު ނިހާޔަތަށް އޮތްކަމެކެވެ. މައްސަލަ ނިމޭ ގޮތަކުން ކުރިއްސުރެ ދައުލަތުން ނަގަހައްޓަމުން އަންނަ ހަމަގެއްލި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ދައުލަތުން އިސްކަންދޭ މަސްލަހަތުތައް ގެއްލުމުގެ ފުރުސަތު އޮތްކަމެކެވެ. މައްސަލަ ނިމޭގޮތަކުން ޕަބްލިކް އޮފީސްތަކަށް ޖިނާއީ ކުށްވެރިން ވަނުމަށް ދޮރު ހުޅުވިގެން ހިނގައިދާނެ ކަމުގެ ބިރު ދައުލަތަށް އޮތް ކަމެކެވެ. 

    އަނެއް ކޮޅުން އެމައްސަލައަކީ ދައުލަތުގެ އެންމެ މަތީވެރިޔާ ކަމަށް މީހަކު ހޮވުމާގުޅުން ހުރި މައްސަލައެއް ކަމުން އެއަށްވުރެ ވަކީން ބޮޑު އާއްމު މަސްލަހަތެއް ނެތް ބޮޑުކަމެކެވެ. ހަމައެހެންމެ ދައުލަތުގެ އެންމެ މަތީ މަސްލަހަތާ ގުޅުން ހުރި މައްސަލައެކެވެ. ސްޕްރީމް ކޯޓުން ތަދައްޚުލު ނުކުރިއަސް ބަންޑާރަނައިބު އަމިއްލަ އިސްނެގުމުގައިވެސް ތަދައްހުލުވާން ގާނޫނު އަސާސީ ލާޒިމުކުރާ މައްސަލައެކެވެ.

    ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)ގައި " ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް ބަންޑާރާނައިބު މަސައްކަތް ކުރާން ވާނެ" ކަމަށް ބަޔާންކޮށްފައި ވެއެވެ. ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ދައުލަތުގެ ކަންކަމަށް މީހުން އިސްކުރެވޭނެ ގޮތާއި ޝަރުތުތައް ބަޔާންވެ ސާފުކޮށް ކަނޑައެޅިފައިވާއިރު ހަމައެކަނި އިލެކްޝަން ކޮމިޝަން ނުވަތަ އެހެން މުއައްސަސާއެއްގެ މައްޗަށް ދޫކޮށްލައިގެން ނިކުންނަ ނަތީޖާ ގާނޫނުގެ ވެރިކަން ދެމެހެއްޓުމާ ގުޅިފައި ނެތިއެއް ނުދާނެއެވެ.

    ގާނޫނުގެ ވެރިކަން ކުރެވޭނީ ގާނޫނީ ހަމަތަކުން ވެރިކަން ހިންގޭ ގޮތަށް ދައުލަތް ތަރުތީބުވެފާ އޮވެގެންނެވެ. ދައުލަތުގެ ގާނޫނީ ވެރިކަމުގެ ތަރުތީބު ހިފެހެއްޓުމުގެ ޒިންމާ އޮތް އެންމެ އިސް ފަރާތަކީ ބަންޑާރަ ނައިބެވެ. ބަންޑާރަ ނައިބަށް ގާނޫނުގެ ވެރިކަން ދަމަހައްޓަށް ކުރަންޖެހޭ ކަމެއް ކުރުމަށް ހާޒިރު ނުވޭވޭނެ ޝަރީއަތުގެ މަޖިލިހެއް ނުއޮންނާނެއެވެ.

    ތައައްސަބުން ފުރިގެން ތިބި ބަޔަކު ގައުމީ މަސްލަހަތު ނަގާލާ ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ ބޭނުމުގައި ފަތުރާ ފިތުނަވެރި ވާހަކަ ތަކުން ގެއްލެނީ އާއްމު މަސްލަހަތެވެ. އުފެދެނީ ފިތުނައެވެ. ސުޕްރީމް ކޯޓުގެ އެކްސްކުލޫސިވް އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައެއް ކަމުގައިވާ ރައީސް ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ ތެރެއަށް ބަންޑާރަނައިބު ތަދައްޚުލް ވާންޖެހޭ ނުވަތަ ކުރުވަންޖެހޭ އެއްވެސް ޤާނޫނީ އަސާސެއް ނޯންނާނެ ކަމަށް ބުނެ ވާހަކަ ދެއްކުމުގެ ހައްގު ނެތީ ޑރ. އަހްމަދު އަބްދުއްލާ ދީދީ އަށެވެ. 

    ސްޕްރީމް ކޯޓާއި ބަންޑާރަ ނައިބަށް ލިބިފައިވާ ގާނޫނީ އިމްތިޔާޒްތަކާއި އިހުތިޔާރުތަކާ ވާޖިބުތަކާއި ހައްގުތައް އެނގިހުރެ ސްޕްރީމް ކޯޓު ނިންމުންތަކަށް ގޮތްކިޔަނީ އަދިވެސް ތިޔައީ އުއްތަމަ ފަނޑިޔާރޭ ހީވަނީ ހެއްޔެވެ. ބަންޑާރަ ނައިބުގެ ޤާނޫނީ ކެޕެސިޓީއާއި ޤާނޫނީ މަޞްލަޙަތާއި ސްޕްރީމް ކޯޓުގެ އިރެގިއުލަރިޓީގެ ވާހަކަ މިހާރު ދައްކަން ލަދުނުގަންނަ ކަމެވެ. 

    ]]>
    Thu, 10 Aug 2023 17:49:24 +0500 ހީރަސްނިއުސް
    ހަމަހަމަ ކަރަންޓްގެ އުފާވެރިކަން ރައްޔިތުންނަށް https://heerasnews.com/1729 https://heerasnews.com/1729 ދުވާލު ހަތަރުދަމުން އެއްފަހަރު ނަމަވެސް ކޮންމެސް އެއްޗެއް ކައިގެން ހުރިއްޔާ ނުކައި ހުރިކަމަކަށް ނުވާނެތާއެވެ. ހޮވާކައިގެން އުޅުނަސް ވާނީ ކައިގެން ތިބޭ ކަމަށްތާއެވެ. އެ ގޮތަށް ރާއްޖޭގެ ވެރިކަމަށް ރައީސް ސާލިހު ވަޑައިގަތުމުގެކުރިން ރާއްޖޭގެ ރަށްރަށުގައި ކަރަންޓް ހުންނަކަމަށް ބުނާ މީހަކު ބުނެފާނެއެވެ. 

    ރާއްޖޭގެ ރަށްރަށުގައި އޭރު ކަރަންޓެއް ނުހުރެއޭ ބުނެފިއްޔާ އެވާނީ ދޮގަކަށެވެ. ތެދެކެވެ. ކަރަންޓު ހުރެއެވެ. އެކަމަކު ކަރަންޓް ހުންނަނީ ނަމަކަށެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ދެއެވެ. ކަރަންޓް ގޮސްފައި އެނބުރި އަންނަ އިރު އަގުބޮޑު އެތައް އާލަތެއް ހަލާކުވެ އަލުން ހޮދަން ނުޖެހެނީ މަދު ރަށެއްގައި މަދު ފަހަރަކުއެވެ. ހަމަޔަށް ކަރަންޓް ނުލިބިގެން ހަލާކުވާ އެއްޗެތި އެހާ ގިނައެވެ. އިންޖީނުގެއާ ދުރު ހިސާބުގައި ހުންނަ ތަންތަނަށް ކަރަންޓް ލިބެނީ ބަލިމީހަކަށް އައިވީ ލިބޭ އުސޫލުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

    އިންޖީނުގެތަކަކީ ބާވެ ހަސްނެތި ވިރާނާވެފައި ހުރި ތަންތަނެވެ. އިންޖީނުގެ އަޑާހުރެ މީހުނަށް ނިދާ ހެދުމަށާއި ވާހަކަ ދައްކާ ހަދާ އުޅެން އުދަގުލެވެ. ގެދަނބުޅީގެ ސަބަބުން ހިސާބުގަނޑުގެ ގޭގޭ ރޯނުގައި ހުންނަ އަންނައުނަކީ އަތްދޮށް ފޮއްޗެކޭ ތަފާތެއްނުހުރެއެވެ. ގަސްގަހުގެ ފަތްތަކުން ފެހިކަން ކެނޑި މަސްކާ ދުމައްޓެއްގެ އޮށިތަކެކޭ ތަފާތެއް ނުހުރެއެވެ. ރަށުތެރޭގައި ރަނގަޅު ވިއުގައެއް ނެތި ކަރަންޓް ނަރުތައް އޮންނަނީ މަގުވާ ފުރާފައި އޮންނަހެނެވެ.

    އިންޖީނުގޭގައި ވަޒީފާ އަދާކުރާ މުއައްޒަފުންނަށް ރަގަޅު މަސައްކަތުގެ މާހައުލެއް ނެތްތާ އިންޖީނުގޭގައި ރައްކާތެރިކަމުގެ ގޮތުން އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. އަނެއްކާ ރަށުގައި ކަރަންޓް ބޭނުންކޮށްގެން މަސައްކަތް ކުރާމީހަކަށް މަސައްކަތްކުރެވޭ ވަރަށް ކަރަންޓް ލިބޭކަށްވެސް  ނުހުރެއެވެ.

    ރައީސް ސޯލިހު އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ ރަށްރަށުގެ ކަރަންޓްގެ ހާލަތު ބޮޑުތަނުން ރަނގަޅުކުރެއްވުމަށެވެ. އެރަށަކަށް ބޭނުންވާ ކަރަންޓް 24 ގަޑިއިރު ޔަގީންކޮށް ދެއްވުމަށެވެ. ކަރަންޓްކެނޑިގެން އަބަދު އުޅެން ޖެހުން ހުއްޓުވުމަށެވެ. ފުރިހަމައަށް ކަރަންޓު ނުލިބިގެން ލިބެމުން އައި ގެއްލުންތަކުން އަރައިގަންނާނެ ގޮތް ހެއްދެވުމަށެވެ. 

    ރައީސް ސޯލިހު މަސައްކަތްކުރެއްވީ ދެނދަބުޅިން ކަޅިވެ ޖައްވާ ފެންތަގައްޔަރު ކުރި ހަސްނެތިފައިވާ އިންޖީނުގެތަކުން ރައްޔިތުންނަށް އުފުލަން ޖެއްސި ތަކުލީފުތަކުން މިންޖު ކުރެއްވުމަށެވެ. މަސަްކަތުގެ މާހައު މުއައްޒަފުންނަށް ފަހިކޮށްދީ ރަށުގައިތިބެ އަދާކުރާނެ ވަޒީފާތައް ރަށްރަށުގެ މީހުނަށް އިތުރުކޮށް ދިނުމަށެވެ. 

    ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯއިން ރާއްޖޭގެ ކަންކޮޅުތަކުގައި އެކުރަނީ އެމަސައްކަތެވެ. ރައްޔިތުންގެ ލަބައާއި މަންފާއަށްޓަކައެވެ. ރައީސުލް ޖުމްހޫރިއްޔާގެ ދަތުރު ފުޅުތަކުގައި ހުޅުއްވާ ދޭއްވަމުން ފައްޓަވާ ދެއްވަމުން އެގެންދަވަނީ އެހިދުމަތްތަކެވެ. ވަކި ރަށެއް ތަފާތު ނުކުރައްވައެވެ. 

    ށ. މިލަންދޫ

    22 އަހަރު ވެފައިވާ އިންޖީނުގެއަކީ މިހާރު ތިން ބުރިއަށް އިމާރާތްކޮށްފައިވާ ޒަމާނީ ރީތި އިމާރާތެކެވެ. 12 މުއައްޒަފުންނަށް ކުރިން މަސައްކަތްކުރެވޭ ވަރަށް ހުރި އިންޖީނުގެގައި ދަތިކަމެއް ނެތި 54 މުއައްޒަފުންނަށް މަސައްކަތްކުރެވެއެވެ.

    2532 ކިލޯވޮޓްގެ ކެޕޭސިޓީގައި މިލަންދުއަށް މިހާރު ކަރަންޓްގެ ހިދުމަތް ދަތިކަމެއް ނެތި ދެވެއެވެ. 

    ހއ.މޮޅަދޫ

    މޮޅަދޫ އިންޖީނުގެއަކީ 25 އަހަރުވެފައިވާ ތަނެކެވެ. ރަށަށް ބޭނުންވާ ކަރަންޓް ދިނުމަށް އެކަށީގެން ނުވާ ބައު އިންޖީނުގެ ތަޅުލާ އެރަށުގައި މުޅިން އަލަށް އެންމެ ޒަމާނީ ފެންވަރަށް އިންޖީނުގެއެއް އަޅާ އެތަނުގެ ހިދުމަތް ރައްޔިތުންނަށް ވަނީ ލިބެން ފަށާފައެވެ.

    މ.ރަތްމަންދޫ

    ރަތްމަންދޫއަކީވެސް ބައުވެ ހަސްނެތިފައި ހުރި އިންޖީނުގެއެއް ހުރި ރަށެކެވެ. އެރަށު އިންޖީނުގެއަށް ވެސް ވަނީ ފަސްސަވީސް އަހަރު ފުރިފައެވެ. ރަތްމަންދޫގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކޮށް ރައްޔިތުންނަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް މިސަރުކާރުން އެރަށުގައިވެސް ޒަމާނީ ފެންވަރަށް އިންޖީނުގެއެއް ބިނާކޮށްދީ އެތަނުން ހިދުމަތް ދޭން ވަނީ ފަށާފައެވެ.

    މިބަޔާން ކޮށްލާ ދިނީ ރައީސް ސޯލިހުގެ ތަފާތު ނުކުރާ ހަމަހަމަ ސިޔާސަތުގެ ތެރެއިން ކަރަންޓް ހިދުމަތް ކަށަވަރު ކޮށްދެއްވުމަށް ކުރައްވާފައިވާ މަސައްކަތް ތަކުގެ ތެރެއިން ކުޑަކުޑަ ދެތިން މިސާލެވެ. ޝުކުރުވެރިވާ ބަޔަކު އުފަލުން ފުރޭހާ ވެއެވެ. ޝުކުރުވެރި ނުވުމަކީ ނިއުމަތްފިލާދަނިވި ކަމެކެވެ،

    ]]>
    Wed, 09 Aug 2023 19:09:32 +0500 ހީރަސްނިއުސް
    ޔާމީނަށް ނުހިންގާ ޝަރީއަތް ހިންގާނެ އެހެން މީހަކު ނުހުންނާނެ https://heerasnews.com/1726 https://heerasnews.com/1726 ނިހާއީ ހުކުމް އަންނަން ދެން ދަށު ކޯޓުތަކުން ކުރާ ހުކުމަކީ ހުކުމެއް ނޫން ކަމަށް ވިސްނާދޭން ގަސްދުގައި ބަޔަކު މީހުން ލައްކަ މަސްކަތް ކޮށްފިއެވެ. މިއުޅެވެނީ މަހުޝަރުގެ މައިދާނުގައޭ ހީވަނީ ތޯއްޗެކެވެ. ހައްދު ގާއިމު ކުރުމުގައި ނޫނީ ނިހާއީ ހުކުމަކީ އިންތިޒާރު ކުރެވެން އޮންނަ ކަމެއް ނޫންކަން ކަނޑައެޅިގެން އެނގިތިބެ ގާނޫނީ ބައެއް މީހުން ކަންކަން އޮޅުވަނީ އެ މީހުންގެ މަސްލަހަތަށެވެ.

    ސްޕްރީމް ކޯޓްގެ ހުކުމަކީ ނިހާއީ ހުކުމް ކަމަށް ބުނި މީހުނަށް ވީގޮތް ދެކޭށެވެ. ރައީސް ޔާމީނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަ ނުވާ މީހެއް ކަމަށް ކަނޑަ އަޅަންދެން ޕީޕީއެމް-ޕީއެންސީއަށް ސްޕްރީމް ކޯޓުވަރެއް ނެތެވެ. ވާނީ އެހެންތާއެވެ. ވޮޑުމުލާ މައްސަލައިގައި ދެ އަކުރުގެ ފަރަގަކުން ރައީސް ޔާމީނު މިނިވަން ވުމުން ސްޕްރީމް ކޯޓުން އިންސާފު ލިބެވޭ ކަމަށް ގަބޫލުކޮށް އެކޯޓަށް އެމީހުން ތައުރީފްކުރިއެވެ. ސްޕްރީމް ކޯޓަކީ ސަރުކާރުގެ ނުފޫޒެއް ނުފޯރާ މުސްތަގިއްލު ތަނެއް ކަމަށް އެ މީހުން އޭރު ބުންޏެވެ. ބޭނުންވާ ގޮތަށް ހުކުމް ނުކުރާ ކޮންމެ ފަހަރަކު ކޯޓުތަކުން އިންސާފު ލިބޭކަމަކަށް ނުވެއެވެ. 

    ވ. އާރަށު މައްސަލަ ފައިސަލާކުރި ދަށު ކޯޓްގެ ހުކުމް ޔާމީނުގެ އައުވަނުންނަށް ވީ ހަރާން ހުކުމަކަށެވެ. އާރަށް ލީޒްކުރި ފަރާތުން ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ޑޮލަރުގަތް ފައިސާއަށް ނުހެދީމާ ކޯޓުވީ ގޯހެވެ. ޑޮލަރުގެ ވިޔަފާރި ކުރުން ހުއްދަނޫން ފަރާތަކުން ރައީސް ކަމުގައި ހުރި މީހާ ޑޮލަރު ގަތުމަކީ ގާނޫނު އަސާސީ މަނާކުރާ ކަމެއް ކަމަށް ވެގެން އެކަމުގެ މައްޗަށް ދައުވާ އުފުލުނު ނަމަ ބުނީހީ ކީކޭބާވައެވެ.

    ދައުލަތަށް ޚިޔާނަތްތެރިވުން ނޫން ކަމެއް ރައީސް ޔާމީނު ކޮށްފައި ނެތްކަން ކިތަންމެ ހާވެސް ރަނގަޅަށް ސާބިތުވެއެވެ. އެކަމަކު ކަނުލޯ ތަކަކަށް ނުފެންނާނެ ތާއެވެ. ކުރީގެ ރައީސް ޔާމީނުގެ މައުސޫމުކަން ދެއްކުމަށް ދައްކާ އެހެން ބަހަނާއެއް އޮވެއެވެ. އެވާހަކއަށް ވިސްނަލާށެވެ.

    އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނަތްތެރިވީ ކިތަންމެ ބަޔަކު ތިބި ވާހަކައާއި ރައީސް ޔާމީނުގެ މައްސަލަ އެކަނި ބަލާ ވާހަކައެވެ. ރައިސް ޔާމީނު އެކަނި ޖަލުގައި އޮތް ވާހަކައެވެ. ގަބޫލުކުާ ބަޔަކަށް އެނގޭނެއެވެ. އެމްއެމް ޕީއާރުސީ ހިޔާނަތާއި ގުޅިގެން ބެލެނީ ރައީސް ޔާމީނުގެ މައްސަލަ އެކަންޏެއް ނޫނެވެ. ކިތަންމެ ބައެއްގެ މައްސަލަ އެބަ ބެލެއެވެ. ދިދައަކަށް ނަގައިގެން އެ ވާހަކަ ދައްކަނީ ޔާމީނުގެ ވާހަކަ އެކަންޏެވެ. އެ މައްސަލައިގައި ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ތިބީ ކިތަންމެ ބަޔެކެވެ. 

    އަންތަރީސް ވާހާވެއެވެ. އެސްއޯއެފުން ޑޮލަރު ގަތް އާދައިގެ ވިޔަފާރި ގަނޑެއް ހިންގި މަހުލޫފު ފަދަ ކުޑަ ކުޑަ ވިޔަފާރިވެރިއަކާ ވެރިކަމުގައި ހުރެ އަމިއްލަ އެކައުންޓަށް ހިޔާނާތުގެ ފައިސާ ޖަމާ ކުރިވި ޔާމީނާ އެއްފަދަ ވަނީ ކޮންހެނެއް ހެއްޔެވެ. ބޭރުން މުދާ ގަންނާށާއި ހައްޖަށް ފުރަން އުޅޭ މީހާ ލިބެން ހުރި ތާކުން ޑޮލަރު ގަތުމާ، ވެރިކަމުގައި ހުރެ ދައުލަތުގެ އެސެޓްތައް ނަހަމަ ގޮތުގައި ލީސްކޮށްގެން ފަސާދަ ހިންގަން ފުރުސަތުދީ އޭގެން ބައެއް އަމިއްލަ އެކައުންޓަށާއި ގެއަށް ވެއްދުވި މީހާއާއި އެއްގޮތް ވާނީ ކިހިނެއް ހެއްޔެވެ. 

    ވެރިކަމުގާ ބަގުޑި ބައްދާ ބާރު ގަދަކުރަން ގާނޫނު އަސާސީ ބަދަލު ކުރުމައްޓަކާ ހިޔާނާތުން ފައިސާ ހޯދުވިއެވެ. ހިޔާނާތުގެ ފައިސާއިން ރިޝްވަތު ބަހުވާ ގާނޫނު އަސާސިއަށް ބަދަލުގެނައެވެ. ރިޝްވަތުދީގެން ގެނައި ބަދަލު ތަންފީޒުކޮށް ހެދި ގަންދީ ހުވާކޮށްގެން ރައީސް ކަމުގެ މަގާމުގައި ހުރި ޔާމީނު އެހެން މީހުންނާ އެއްވަރު ވާނީ ކިހިނެއް ހެއްޔެވެ. ހިޔާނާތްތެރިވުމަށް މަގުދައްކާ މަގު ކޮށާދީ ހިޔާނާތުން ފައިސާ ހޯދާ އެ ފައިސާ ބޭނުންކޮށް ބަހާ ރިޝްވަތުދީ ހެދީ ގާނޫނުގެ ދޫމަޅިއަކުން ދެމިގަނެވޭ ތަން ފެންނާތީ ތާއެވެ. އެކަމެއް އެހެނެއް ނުވިއެވެ. ވެރިކަން ކުރަހާ މީހަކު ޖަލަށް ދާންޖެހޭ ކަމަށް ބުނެ ކަމުގެ ސީރިއަސްކަން ކަނޑާލަން ރާވައިގެން ވާހަކަ ފެތުރިޔަސް ހަގީގަތަކީ ޔާމީނަށް ޝަރީއަތް ނުހިންގާ ޝަރީއަތް ހިންގާނެ އެހެން މީހަކު ނުހުންނާނެ ކަމެވެ.  

    ]]>
    Tue, 08 Aug 2023 16:02:18 +0500 ހީރަސްނިއުސް
    ޔާމީނަށް: މަޅިއަކަށް މެހި ތިޔަ ކެނޑުނީ ދޮޅި https://heerasnews.com/1718 https://heerasnews.com/1718 މިހާރު އެއޮތީ ނިހާއީ ހުކުމެކެވެ. ދެންވެސް އެހުކުމަށް ތަބާވެ ޕީޕީއެމް މެންބަރުންނަށް އެމީހުން ބޭނުންވާ އެހެން މީހަކު ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވުމަށް ވޯޓުދޭން ފުރުސަތު ދޭށެވެ. ރައީސް ޔާމީނަށްޓަކާ އެތައް ހާސްބަޔަކު ވޯޓު ދިނުމުގެ ހައްގުން މަހުރޫމު ކުރުވަން ނޫޅުއްވާށެވެ. ރައީސްކަން ކުރައްވަން ޔާމީނު ބޭނުންފުޅުވެ ވަޑައިގެން ނަމަ ވެރިކަމުގައި ހުންނެވި އިރު ހިޔާނާތްތެރިވެ ވަޑައި ނުގަތީހެވެ. ރިޝްވަތެއް ނުނެންގެވީހެވެ. މަނީލޯންޑަރ ނުކުރެއްވީހެވެ. އެއްޔަކީ އެހެން މީހަކު ކޮށްގެން ރައީސް ޔަމީނުގެ މައްޗަށް ސާބިތުވީ ކަންކަމެއް ނޫނެވެ.

    ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވެ ގާނޫނު އަސާސީއާއި ގާނޫނުތަކަ އެއްގޮތަށް ވެރިކަން ކޮށްދެއްވަން ހުވާކުރައްވައިގެން ހުންނަވީ އޭރު ރައީސް ޔާމީނެވެ. ވެރިކަމުގައި ހުންނަވައިގެން އަމިއްލަފުޅު އެކައުންޓަށް ހިޔާނަތުގެ ފައިސާ ވަންނަން ދޫކޮށްލައްވައިގެން ހުންނެވީ ރައީސް ޔާމީނެވެ. ކޮރަޕްޝަނާ ރިޝްވަތާ ހިޔާނާތަށް ޖާގަ ދެއްވައިގެން ހުންނެވީވެސް ރައީސް ޔާމީނެވެ. އެކަންކަމަކީ އަދީބާއި ޒިޔަތުގެ ބޮލަށް ކަޑަލައިގެން ހަމަޖެއްސެން އޮތްކަމެއް ނޫންކަން މިހާރު އިހުސާސް ކުރެއްވޭނެއެވެ. 

    ޖުޑިޝަރީ ބޭނުންކޮށްގެން ރައީސް ޔާމީނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވާކަށް ރައީސް ޔާމީނު ރީއްޗެއް ނޫނެވެ. ބަޔަކު ކިތަންމެ ބޭނުންވިޔަސް ރައީސް ޔާމީނު ނުކުރައްވާ ކަމެއް ޔާމީނުގެ މައްޗަށް ސާބިތު ނުކުރެވޭނެކަން ކުރައްވައިގެން އުޅުއްވާ ކުށްތައް ސާބިތުވުމަށް ހުރި ހުރަސް ތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.

    އިންތިހާބެއްގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަ ނުވާކަން ހޮދު ރައީސް ޔާމީނު ވެސް އަދި ދިފާއީ ވަކީލުން ވެސް މުތުލަގަށް ގަބޫލު ކުރައްވާނެއެވެ. ކަނޑައެޅިގެން ނެތް ހައްގެއް އޮތްކަމަށް ހައްދަވަން ހުއްޖަތް ގާއިމުކުރެއްވި ދިފާއީ ވަކީލުންނަށް ހަމަ ސާބަހެވެ. އެތަނުން އަކުރަކާ މިތަނުން ފޮޅުވަތަކާ ގުޅުވައިގެން ހުއްޖަތް ގައިމުކުރެއްވޭނީ އެހަކަށް ވަރަށެވެ.

    ވަކި މުއްދަތެއްގައި ދައްކަން ކޯޓަކުން ހުކުމެއްކޮށް ދައްކަން އަންގާ ފައިސާއަކީ ސާބިތުވާ ދަރަންޏަކަށް ވަނީއެއް ނޫނެވެ. ދައުލަތުގެ ކަންކަމާ ހަވަލުކުރެވޭ ފަރަތްތަކަކީ ކުށެއް ނެތް ނަޒާހަތްތެރި މީހުނަށް ހެދުމަށް ގާނޫނު އަސާސީ ލާޒިމުކުރާ ރޫހަށް ތަބާވަނީއެއް ނޫނެވެ. ގާނޫނީ ދޫމަޅީގެ ތެރެއިން ދެމިގަނެވިދާނެ ކަމަށް ހީކޮށް ދެމިގަންނަން ތިޔަ އުޅެވުނީ ދޫމަޅިއަކުން ނޫނެވެ. މި ފަހަރު ދޫމަޅިއެއް ކަމަށް ހީކޮށް ދެމިގަންނަން އުޅެގަތް ގޮތުން މަޅިއަކަށްމެހި ތިޔަ ކެނޑުނީ ދޮޅިއެވެ.

    ]]>
    Sun, 06 Aug 2023 13:05:45 +0500 ހީރަސްނިއުސް
    ޕީޕީއެމްގެ ޕްލޭން ބީ: ދެ ޑޮޓަރުންނަށް ޓިކެޓް https://heerasnews.com/1714 https://heerasnews.com/1714 އެންމެ ފަހުން މީޑިއާތައް ނުބައި މީސްކޮށް ޕީޕީއެމުން ބަޔާނެއްނެރެ ޑރ. މުއިއްޒަކީ ޕީޕީއެމްގެ ދެވަނަ އޮޕްޝަން ނޫންކަން ކަށަވަރުކޮށް ދިނީއެވެ. ޑރ. މުއިއްޒު ގުއިރޯނުގައި ޖައްސާ ޕާޓީން ބޭރުކޮށް ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭނެ ނަމަ ޕީޕީއެމުން ނެރޭނެ ޖޯޑެއް ނިންމީއެވެ. ޕީޕީއެމްގެ ޕްލޭން ބީގައި ނެރޭނެ ޖޯޑް ނިމިފައިވާ ކަމަށް ޕީޕީއެމްގެ އިސް އޮފިޝަލަކު މައުލޫމާތު ދީފިއެވެ.

    ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަކީ ޕީޕީއެމް - ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ދެޕާޓީގެ ސެނެޓުން ނިންމީ އެންމެންގެ ކުރި މަތީގައެވެ. އެނިންމުން ސެނެޓުން ނިންމަން ޖެހުނީ ރައީސް ޔާމީނު ވަކި ނަމެއް ނުދެއްވައިގެނެވެ. ރައީސް ޔާމީނުގެ ކެންޑިޑެސީ އީސީން ބަލައިނުގަތުމުން އެކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް ރައިސް ޔާމީނު ސްޕްރީމް ކޯޓަށް ވަޑައިގަތީއެވެ. އެކަމަށް ސްޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގައި ޕީޕީއެމުން ކަންތައް ތަކަކަށް އެދުނެވެ. ފުރަތަމަ ކަމަކީ އީސީގެ ނިންމުން ބާތިލުކޮށް ދެއްވުމެވެ. ދެވަނައަށް އެދުނީ ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ގޮތަށް ނިމިއްޖެނަމަ ޕީޕީއެމަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ހޯދާ ދެއްވުމެވެ.

    ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ގޮތަށް ނިމިއްޖެނަމަ ޕީޕީއެމަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ހޯދާ ދެއްވުމަށް އެދުމުން ޕީޕީއެމްގެ ވިސްނުމަކީ ޕީއެންސީ ކެންޑިޑޭޓަށް ތާއީދުކުރުން ނޫންކަން އެނގިގެން ދިޔައެވެ. އިތުރަށް ބޮޑަށް އެކަން ސާފުވެގެން ދިޔައީ ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް ވަރަށް ސާފުކޮށް މީޑިއާގައި އެ ވާހަކަ ވިދާޅުވުމުންނެވެ. ޕީއެންސީގެ ރިޔަސީ ކެންޑިޑޭޓަކީ ޕްލޭން ސީކަމަށާއި ޕްލޭން ބީއަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުން ކަމަށް ނައިފަރު ދައިރާގެ މެންބަރ ޝިޔާމް ވިދާޅުވިއެވެ. 

    ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޑރ. ވަހީދު ކަމަށް މުއުތަބަރު ގޮތެއްގައި މައުލޫމާތު ލިބިފައިވެއެވެ. ޑރ. ވަހީދުގެ ކުށުގެ ރެކޯޑް ސާފު ކުރުމަކީ އެ މައުލޫމާތު ކަށަވަރުކަން ސާބިތުވާ ހެއްކެކެވެ. ޑރ. ވަހީދުގެ ރަނިން މޭޓަކީ ޑރ. ޖަމީލު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޑރ. ޖަމީލަކީ ރައީސް ޔާމީނުގެ ވެސް ރަނިންގ މޭޓެވެ. ޑރ. ވަހީދާއި ޑރ. ޖަމީލަކީ ޕީޕީއެމްގެ ޕްލޭން ބީކަން ޝައްކެއް ނެތް މިންވަރަށް ސާފެވެ.  

      

    ]]>
    Sat, 05 Aug 2023 21:10:33 +0500 ހީރަސްނިއުސް
    މަރުވީމާ ވަކިމީހަކު ނެތިގެން ވަޅުނުލެވިފާ ނޯންނާނެ: ޔާމީނު https://heerasnews.com/1694 https://heerasnews.com/1694 ކުރީގެ ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަ ވުމަކީ ލިބުނު ހިތާމައެކެވެ. ދެރައެކެވެ. ދޮންސީދީގެ ހުވަފަތް އަނބިކަނބަލުން ވަރަށް ދޮށީ އުމުރުފުޅެއްގައި އަވަހާރަ ވުމުން އެކަމަނާއަށް ރަހުމަތް ލެއްވުން އެދި ދުއާ ކުރަމެވެ. ލޮބުވެތި އައިލާއަށް ހީރަސް ޓީމުން ތައުޒިޔާ ދަންނަވަމެވެ.

    ކުރީގެ ރައީސް ޔާމީނުގެ މަންމާފުޅުގެ ޖަނާޒާގައި ރައީސް ޔާމީނަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބި ވަޑައި ނުގަތީ ހެއްޔެވެ. ނޫނީ އެ ފުރުސަތު ނުހޯއްދެވީ ހެއްޔެވެ. އިދިކޮޅު ކޯލިޝަނުން ބަޔާން ނެރެ ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ކުރުމުން ނެރެން ބޭނުން ނަތީޖާ އިދިކޮޅަށް ލިބޭނެ ކަމަށް ހީކުރުމަކީ އެ މީހުންގެ މޮޔަކަމެވެ. 

    މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ހޯއްދަވާކަށް ޔާމީނު ނޫޅުއްވައެވެ. އެ ފުރުސަތަށް އެދިވަޑައިގެން ނަމަ އެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަތީހެވެ. ޔާމީނު އެދި ވަޑައިނުގެންތާ އާއިލާއިން ވެސް އެ ފުރުސަތު ޔާމީނަށް ހޯއްދަވާ ދެއްވާކަށް ނޫޅުއްވައެވެ. ޔާމީނަށް ހެޔޮ އެދިގެން އުޅޭކަމަށް ދައުވަކުރާ ޕީޕީއެމް-ޕީއެންސީ ލީޑަރޝިޕުން ވެސް އެ ފުރުސަތު ޔާމީނު ބޭނުންފުޅުތޯ ވެސް ބަލާނުލައެވެ. އެހެނެއް ކަމަކު ޔާމީނު މަންމާފުޅުގެ މަރުން ވެސް ޕީޕީއެމް ދިމާކުރީ ސިޔާސީ ފައިދާއެއް ހޯދާށެވެ. 

    ކުރީގެ ރައީސް ޔާމީނުގެ މަންމާފުޅުގެ ޖަނާޒާގައި ރައީސް ޔާމީނަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު މި ސަރުކާރުން ނުދިން ކަމަށް ހަދައިގެން ފިތުނަ އުފައްދަނީއެވެ. ޔާމީނުގެ އާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި ވެސް ފިތުނަވެރި ވާހަކައެއް ފަތުރާލައިގެން ޔާމީނުގެ ސަޕޯޓަރުން ރުޅިގަދަ ކުރުވާ ސިޔާސީ ކަމަކަށް ހަދާ އެމީހުން ދިމާކުރީ ލީޑަރގެ މަންމާފުޅު ކަށްވަޅުގައި ވެސް އޮތަނުދޭށެވެ. 

    ކުރީގެ ރައީސް ޔާމީނަށް  މަންމާފުޅުގެ ޖަނަޒާގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ނުލިބުނު ކަމުގެ ވާހަކަ އިދިކޮޅު ލީޑަރޝިޕުން ދައްކާ މި ދަނޑިވަޅުގައި ވެސް ހަނދާނަށް އަންނަނީ ރައީސް ޔާމީނުގެ އަނިޔާވެރިކަމެވެ. ރަހުމެއް ހަމްދަރުދީއެއްގެ ކުނޑި ފުކެއްވެސް ޔާމީނުގައި ނެތްކަމުގެ ހަނދާނެވެ. ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫނާމެދު ކަންތައް ކުރެއްވި ގޮތުގެ ހަދާނެވެ.

    ފާރިސް މައުމޫނު ހުންނެވީ ހައްގުން ކަމަކާނުލާ ޔާމީނު ބޭނުންފުޅު ވެގެން ޖަލަށް ލާފައެވެ. ފާރިސްގެ މައެއް ފަދަ ބޮޑު ދައތާފުޅު ފަރީޝާ އިބްރާހީމް އަވަހާރަވީ ފާރިސް މައުމޫނު ޖަލުގައި ހުންނަވަނިކޮށެވެ. ބޮޑު ދައިތަފުޅުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ފާރިސް އާދޭސް ދެންނެވިއެވެ. އާއިލާއިން ތަކުރާރުކޮށް އެދުނެވެ. އެ ދުވަހު ޔާމީނަކަށް އެއަޑެއް އިވިވަޑައެއް ނުގަތެވެ. ދެއްވީ ބީރު ކަންފަތެވެ. ޔާމީނުގެ މިއަދުގެ ހާލަށް ހަމްދަރދީވެގެން ބަޔާން ނެރޭ ޕީޕީއެމް-ޕީއެންސީ ލީޑަރޝިޕް އޭރު ތިބީ ދައުލަތުގެ މަތިފަޑީގައެވެ. އެ ދުވަހު އެ މީހުންގެ ވެސް ހިތެއްނެތެވެ. އިންސާނިއްޔަތު ކަމެއް ރަހުމެއް ކުލުނެއްނެތެވެ. ފާރިސްއަށް އެ ފުރުސަތެއް އެމީހުން ނުދިނެވެ. 

    އެކަމަކު ބުނަންހެއްޔެވެ. ރައީސް ޔާމީނު އެދިވަޑައިގެން ނަމަ ރައީސް ސޯލިހު އެ ފުރުސަތު ދެއްވާނެއެވެ. ދެއްވީހެވެ. މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅު ވެގެން ރައީސް ޔާމީނު އެދި ވަޑައިގަންނަވަނީ ހިތްޕުޅުގައި މައިވަންތަ ލޯތްބާއި އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް އޮތް ނަމަ ތާއެވެ. ވެރިކަމުގައި ހުންނެވިއިރު ޔާމީނު ވިދާޅުވީ" ވަކިމީހަކު ނެތިގެން މަރުވެފައިވާ މީހަކު ވަޅުނުލެވިފައި އޮންނާކަށް ނުޖެހޭނެ" ކަމަށެވެ. ރައީސް ޔާމީނުގެ މަންމާފުޅު ނަމަވެސް އެކަން އޮންނާނީ އެހެންކަމަށް ގަބޫލު ކުރައްވަންޏާ އެދިވަޑައެއް ނުގަންނަވާނެތާއެވެ. 

    ]]>
    Mon, 31 Jul 2023 17:12:05 +0500 ހީރަސްނިއުސް
    މަޖިލީހުގައި އިނދެ ފޮރިޖެހީ & ކުރިކަމެއް ހަރާން https://heerasnews.com/1688 https://heerasnews.com/1688 އައްޑޫގައި މިހާރު ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަވަން އިލްޔާސް ލަބީބް ކޮންމެހެން އުޅުއްވާނެ ކަމެއްނެތެވެ. ރައީސް ސޯލިހު ސަރުކާރުން ފަށަފައިވާ އައްޑޫ ތަރައްގީ ވަށަޖެހޭ މަޝްރޫއުތައް ނިމި ދެ އަހަރަށް ވުރެ މާކުރިން އޭގެ ފޮނި މީރު އައްޑޫ ރައްޔިތުންނަށް ލިބޭނެއެވެ. އިލްޔާސް ލަބީބު ވެރިކަން ހޯއްދަވައިގެން ދެ އަހަރު ތެރޭގައި އައްޑޫ ތަރައްގީކޮށް ނިންމަވާ ވާހަކަ ވިދާޅުވިޔަސް އިލްޔާސް ލަބީބަށް ކުރެއްވޭނީ ކީއްކަން އެންމެ ރަނގަޅަށް އެނގޭނީ އައްޑޫ ރައްޔިތުންނަށެވެ. 

    ރައީސް ސޯލިހު އައްޑޫގެ ތަރައްގީއަށް ވެވަޑައިގެންފައިވާ ވައުދުތައް ނިންމާ ހޮޅިޖައްސަން އިލްޔާސް ލަބީބަކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އައްޑޫ ރައްޔިތުންގައި އޮތް ވަތޮނީ ރޫހުގެ ނަޖާއިޒު މަންފާ ހޯދުމަށް ހުޅުދުއަށް އުފަން މީހަކަށް ރިޔާސީ ޓިކެޓް ދީގެން އައްޑޫ މީހުން މޮޔަހައްދަން ނަޝީދު ނިކުތަސް މިހާރަކު އެކަމެއް ނުވާނެއެވެ. ނަޝީދަށް މީހުން ގުނބޯ ހައްދައިގެން ގެންގުޅެވުނު ދުވަސް މާޒީވެއްޖެއެވެ. 

    އައްޑޫ ތަރައްގީ ކުރުމަށް މި ސަރުކާރުތަކުން ފަށާފައިވާ ކަންކަމާއި ވެފާވާ ވައުދުގެ ސްޓޮކެއް ނަގާނެ އެކަންކުރާނެ ސަރުދާރަކު އައްޑޫ ރައްޔިތުން ހޯދާކަށް ނޫޅެއެވެ. އަކުރުން އަކުރަށް ފިލިން ފިއްޔަށް އެކަންކަން މިސަރުކާރުން އައްޑޫގައި އެބަކުރެއެވެ. އެކަން ކުރުމަށް އިލްޔާސް ލަބީބަކަށް ބޭނުމެއް ނުވެއެވެ.

    އެންމެ ތިރިން ފަށައިގެން އެންމެ މައްޗަށް ހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވާ އިލްޔާސް ލަބީބަށް އައްޑުއަށް މީގެކުރީން ކޮއްދެއްވުނީ ކޮންކަމެއް ހެއްޔެވެ. މަޖިލީހުގެ މެންބަރު ކަމުގައި އިންނަވާ ފޮރިޖެހީއެވެ. އަމިއްލަ ގާތަށް ބޮޑު ކުރެއްވުމަށް ކުރެއްވި ކަމެއް ނޫނީ ސަރުކާރުގެ ތެރެއިން އިލްޔާސް ލަބީބް އިސްވެ ހުންނަވާ އައްޑުއަށް ކޮށްދެއްވުނު ކަމެއް ނެތެވެ. 

    ސިޔާސީ ގޮތުން މާޒީގައި އިލްޔާސް ކުރެއްވިހާ ކަމެއް ކުރެއްވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދުއާއި ދެމެދުގައި ނަފްރަތު އުފެއްދެވުމެވެ. މެންބަރެުކަމުގައި އިންނަވައިގެން އިލްޔާސް ލަބީބުގެ ފިއްތުމާ އެއްބާރުލުން ނުލިބި އައްޑުޢަށް ލިބެން އައި އެތައް ފުރުސަތު ތަކަކަށް ހުރަސް އެޅިގެން ދިޔައެވެ. 

    އަނެއް ކޮޅުން އިލްޔާސް ލަބީބަކީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮއެއް ކަމަށް އަމިއްލަފުޅަށް ވަނީ އިއުތިރާފް ވެވަޑައިގެންފައެވެ. އަމިއްލަ ނަފުސުގެ ބާރުވެރިކަމެއް ނެތް، މީހެއްގެ ޕަޕެޓަކަށް އިތުބާރުކޮށް ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހަވާލު ކުރާހާ އައްޑޫ ރައްޔިތުން މޮޔައެއް ނޫނެވެ. މީހަކު ދައްކާ މޮޅު ވާހަކައަށް ވުރެ އަމަލީ ގޮތުން ހިނގަމުންދާ ކަންކަން ރައްޔިތުންނަށް އެބަފެނެއެވެ.

    މުޅި އައްޑޫ ވަށާޖެހޭ ގޮތަށް ރައީސް ސޯލިހު ފައްޓަވާފައިވާ މެގަ މަޝްރޫއުތައް ހުއްޓޭކަށް އައްޑޫގެ ގިނަ ރައްޔިތުން ނޭދެއެވެ. އެހެން ބަޔަކާ ހަވާލުވެގެން މަޝްރޫއުތައް ލަސްވެ ފަސްވާކަށް ވެސް ރައްޔިތުން ބޭނުމެއް ނުވެއެވެ. ވަށާޖެހޭ ގޮތަށް ތަރުތީބުން ރޭވި ހިނގަމުންދާ ކަންކަމުގެ ތަރުތީބު އޮޅި ބުރޫއަރާކަށް އައްޑޫ ރައްޔިތުން ބޭނުމެއް ނޫނެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށްވުރެ މޮޅު އެހެން ގޮތެއް އައްޑޫއަށް ވެސް ނެތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

    އައްޑޫ މީހަކު ރައީސްކަމުގައި ނެތިގެން އައްޑޫ ރައްޔިތުން ނޫޅެއެވެ. އައްޑޫ ރައްޔިތުން ބޭނުންވެގެން އުޅެނީ އައްޑޫ ތަރއްގީކޮށްދޭ ހިކުމަތްތެރި ނަތީޖާ ނެރެދޭ ކެއްތެރި ވެރިއެކެވެ. ރައީސް ސޯލިހަށް އައްޑޫ ގިނަ ރައްޔިތުން އިތުބާރު ކުރެއެވެ. ނަތީޖާ ނެރެދެއްވާ ވިޝަނަރީ ލީޑަރަކު ދޫކޮށް އައްޑޫ މީހާވެގެން އިލްޔާސް ލަބީބު ވެރިކަމަށް ގެންނާކަށް އައްޑޫމީހުން ނޫޅެއެވެ. ކުރިއަކުންވެސް އަދި މިހާރަކުވެސް މެގަ ޗިޕެއް އައްޑޫ މީހުންގެ ބޮލަކަށް މުޖެހޭނެއެވެ. 

    ]]>
    Sun, 30 Jul 2023 10:28:26 +0500 ހީރަސްނިއުސް
    ބާރުގަދަ ޕާލަމެންޓާއި ރިޔާސީ ނިޒާމް https://heerasnews.com/1671 https://heerasnews.com/1671 ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެއް ކަމަށް ގާނޫނު އަސާސީ ބުނެއެވެ. ނަމުގައި ތިންބާރު ވަކިވެފައެވެ. ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ރާއްޖޭގައި އޮތީ ބަރުލަމާނީ ނިޒާމެއް ނޫން ނަމަވެސް ހުރިހާ ބާރުތައް އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. ގިނަ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ވުރެ މަޖިލީހުގެ ބާރު ރާއްޖޭގައި މާގަދައެވެ.

    ދައުރު ހަމަ ނުވަނީސް މަޖިލީހުގެ މެންބަރުންނަކީ އިތުބާރު ކިތަންމެ ބޮޑަށް ގެއްލުނަސް ވަކިކުރެވޭ ބައެއް ނޫނެވެ. އެހެނަސް ރައްޔިތުންގެ މެޖޯރިޓީން ހޮވާފައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު މަޖިލީހަށް ގެއްލިއްޖެނަމަ ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެއެވެ. މަޖިލީހުގެ ރުހުންނެތި ވަޒީރަކު އައްޔަނެއް ނުކުރެވެއެވެ. ސަފީރަކު އިހެއްް ނުކުރެވެއެވެ. މަޖިލީހަށް ފަނޑިޔާރުން އިސްކޮށް ވަކިކުރެވެއެވެ. މަޖިލީހުން ބެނުންވުމުން މިނިވަން ހުރިހާ މުއައްސަސާއެއް އެފުށް މިފުށަށް ޖަހާލެވެއެވެ.

    ރައީސް ތަންފީޒު ނުކޮށް އަނބުރާ ފޮނުވާލާ ގާނޫނު މަޖިލީހަށް ތަންފީޒު ކުރެވެއެވެ. މަޖިލީހުން ފާސްކުރާ ގާނޫނެއް ތަންފީޒު ނުކޮށް ބޭއްވިޔަސް އޮޓަމެޓިކުން ތަންފީޒުވެއެވެ. ދައުލަތް ހިންގުމުގައި ދުވަހުން ދުވަހަށް މަޖިލީހަށް ވަޒީރުން ޖަވާބުދާރީ ކުރެވެއެވެ. މި ބުނެވެދިޔައީ މަޖިލީހަށް ލިބިގެންވާ ބާރުގެ ކުޑަކުޑަ މިންވަރެކެވެ. 

    ދުވަހެއް ދުވަހަކަށް ފަތުއަޑު ކިޔާފައި މަޖީހަށް މެންބަރުން އިތުރުވާ ގޮތަށް ގާނޫނީ ނިޒާމް އޮތީ ބައްޓަންވެފައެވެ. މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ހަދާ ބަޔަކަށް ވުރެ ބޮޑަށް ބެލެވޭ ގޮތުގައި އެގްޒެކެޓިވް ބައެކެވެ. މެންބަރުން އިންތިހާބު ވަނީ ވެސް އެ ސިފައިގައެވެ. ދާއިރާތަކަށް ޕްރޮޖެކްޓް ހޯދުމާއި ވެލްފެއަރގެ ކަންކަމަކީ މެންބަރުގެ ޒިންމާއެއް ކަމަށް ބެލެވެއެވެ. 

    ދައުލަތުގެ ތިންބާރުގެ ތެރެއިން ދައުލަތް ހިންގާ ބާރު ސަރުކާރަށް ކުޑަ މިނުން މަޖިލީހުގެ އަގްލަބިއްޔަތު ނެތި ދައުލަތް ހިންގޭނެ ގޮތެއް ނޯވެއެވެ. ބަޖެޓުން ފެށިގެން އެންމެ އާދައިގެ މުއައްޒަފަށް ވަޒީފާ ދިނުމާ ހަމަޔަށް ވެސް މަޖިލީހުގެ ނުފޫޒު ސަރުކާރުގެ ތެރެއަށް އޮންނަނީ ވަދެއެވެ. ރާއްޖޭގެ ގާނޫނީ ނިޒާމް މިހާރު އޮތް ގޮތުން މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކޮންމެ މީހަކު ހުއްޓަސް ކުޅަދާނަ ކަމެއް ނޫނެވެ. 

    ރާއްޖެ ހަމަ މަގަށް އަޅުވަން ބޭނުންވާ ނަމަ ޗެކް އެންޑް ބެލެންސް ނިޒާމްތައް ވަރުގަދަކޮށް އެތަނެއްގެ ޒާތުގައިވެސް އިރު އިރުކޮޅުން ނުކުޅެވޭ ތަންތަނަށް މިނިވަން މުއައްސަސާތައް ހަދާ އެތަންތާނގެ އުސޫލުތައް ވަރުގަދަ ކުރަން ޖެހެއެވެ. ދުވަހުން ދުވަހަށް ދައުލަތް ހިންގުމުގެ ކަންކަމަށް ދަނޑި ބާނާ ޖަވާބުދާރީ ކުރުވަން އުޅޭ ތަނަކަށް ރައްޔިތުންގެ މަޖިލިސް ނުވެ ގާނޫނީ ނިޒާމް ވަރުގަދަ ކޮށްދޭން ޖެހެއެވެ.

    ފާރަވެރި މުއައްސަސާތައް އެފިސެންޓްކޮށް ހިންގަން ބާރުލިބޭ ގޮތަށް ގާނޫނީ އޮނިގަނޑު ބަދަލު ކޮށްދޭ ބަޔަކަށް މަޖިލިސް ވާންޖެހެއެވެ. ހުރި ގާނޫނީ ފުށުއެރުންތައް ދެނެގަނެ އިސްލާހު ކުރަން ޖެހެއެވެ. ޖަޒްބާތުގައި ގާނޫނު ހަދާ ބަޔަކަށް މަޖިލިސް ނުވުމަކީވެސް މުހިންމު ކަމެކެވެ. އަލަށް ވުޖޫދުކުރާ ކޮންމެ ގާނޫނަކަށް ބަލަދުވެރި މުއައްސަސާއެއް ނުއުފައްދާ ގާނޫނު ހިންގޭނެ އިންތިޒާމެއް ކުރަންޖެހެއެވެ.     

    ]]>
    Tue, 25 Jul 2023 13:42:21 +0500 ހީރަސްނިއުސް
    އަންނި ދިވެހިންގެ ބޮލަށްޖަހާ މެގަ ޗިޕް https://heerasnews.com/1665 https://heerasnews.com/1665 ދިވެހިންގެ ބޮލަށް އެކި ފަހަރު އެކި ޗިޕްޖަހަން އަންނި ވަރަށް މަސައްކަތް ކޮށްފިއެވެ. ރައީސް މައުމޫނުގެ ދިގުވެރިކަން ނިންމަން ދިވެހިން ފެށި ދަތުރުގައި އަންނި ޖެހި ޗިޕްގެ ފައިދާ އަންނިއަށް ފިސާރި ރަނގަޅަށް ކުރިއެވެ. އެހާމެ ދެރަޔާއި ހިތާމަ ރައްޔިތުންނަށް އުފުލަން ޖެއްސިއެވެ. 

    ފުލުހުންގެ އުރުގައި ކޯޓަށް ދިޔައެވެ. ފައިވާން އަތަށް ލައިގެން މަޖީދީ މަގުގައި ދުވިއެވެ. ޖުމްހޫރީ މައިދާނުގައި ބަނޑު ބިންމަތީ ދެމެވުނެވެ. އެމްޑީޕީގެ މަސައްކަތަކީ "އަންނި ދޫކޮށްލާ" ގޮވަން މަގުމަތީގައި ތިބުން ކަމަށް ހެއްދިއެވެ. އިސްލާހީ ހަރަކާތުގެ މިލްކުވެރިކަން ހޯދާ މަންޑޭލާ ހެދިގެން ދިވެހި ތަހުތަށް ސަވާރުވީ ދިވެހިންގެ ބޮލަށް ނިކަން ރަނގަޅަށް ޗިޕް ޖަހއިގެންނެވެ.  

    ނުކުރާ އެތައް ކަމެއް ކުރިކަމަށްވެ ޑިމޮކްރަސީގެ ބަފަޔަށް ވިއެވެ. އިންސާނީ ހައްގުތަކުގެ އަމަޔަށް ވިއެވެ. ތިމާވެށީގެ ޗެންޕިއަނަށް ވިއެވެ. ފްލެޓް ދޮންބެއަށް ވިއެވެ. ނުބައި ނުލަފާކަން ދެއްކުމުގައި ސްޕްރީމް ކޯޓުގައި ތަޅު އަޅުވާ ފަނޑިޔާރަކު ރަހީނުކޮށް ހެދިހެން ކޮށްފައި ނުކުރާ އެއްވެސް ކަމެއް ނެތެވެ. އެހެނެއް ކަމަކު ދިވެހިން ގުނބޯ ހައްދައިގެން ހޯދި ވެރިކަމުން ކައްސަލައިގެންވެއްޓި މަގުމަތިވީ ގަންޖާބޯއަށް ވެގެންނެވެ. އަމިއްލައަށް ވެރިކަން ދޫކޮށްފައި ނިކުމެ ޖެހީ ހުޅެވެ. ހަތް އަހަރު އެމްޑީޕީ ބޭއްވީ މަގުމަތީގައެވެ. އޭރު ރައްޔިތުން ބޮލަށް ޗިޕް ޖަހައިގެން ގެންނަން އުޅުނު އަވަސް އިންތިހާބެއް ނުގެނެވުނެވެ. ކޮށިއަރައިގެން ދިން އިސްތިއުފާ ބަގާވާތަކަށް ނުވިއެވެ.

    2013 ގެ ރިޔާސީ އިންތިހާބު ޗޮކުން ދިޔައީ ޖެހިހާ ޗިޕް ޗިޕަށް ނުވެ ފޭލިވެގެންނެވެ. 2018ގެ ރިޔާސީ ޓިކެޓްގައި ބަގުޑި ބައްދައިގެން ގޮނޑި ދުއްވަން އޮއްވާ އެމްޑީޕީ ރަނގަޅު ފިލާވަޅެއް ދިނެވެ. އަންނި ކިޔާހާ ލަވަޔަކަށް ނަށައިގެން މޮޅެއް ނެތްކަން އެމްޑީޕީ ދެނެގަނެ އުކުޅަހުގައި ލަވަ ބަދަލު ކުރިއެވެ. އަންނި އާއި ނުލާ އެމްޑީޕީއަށް ވެރިކަން އަނބުރާ ހޯދުނެވެ. ބަންދުން ވީއްލި އަންނި ހަށިފޮޅާ ލެވުމާއެކު ދެނެކާ ދެނެއް ނެތެވެ. އުކުޅަހުގެ ނިންމުން "އުކުޅަހު ބަގާވާތް" އަށް ހެދިއެވެ. ސަރުކާރަކީ އަންނިގެ ގޮނޑިކޮއްކޮ އަކަށް ހަދަން ފޫގެޅިއެވެ. އެކަމަށްޓަކާ ޗިޕަކަށް ފަހު ޗިޕެއް ޖަހަމުން ޖަހާހާ ޗިޕެއް އަތަށް ގޮއްވަމުން ގޮސް ޕާޓީ ގެއްލި އެންމެ ފަހުން ވާބުއި ކަށިކެޔޮ ވަކެއްހެން ގަސްބުޑަށް ގުޅައަކަށް ޖެހުނީއެވެ. 

    ދިވެހިންގެ ބޮލަށް ޖެހިހާ ޗިޕް ފޭލިވެ އެންމެ ފަހުން ޖަހާން އޮތް މެގަ ޗިޕްއަކީ އިލްޔާސް ލަބީބްއެވެ. ކޮންމެ ފަހަރަކު ވޯޓު ބައިކުރަން އައްޑޫ މީހުން ޅޮސް އުނދޯއްޔަށް ލުމަށް އެކިފަހަރު އެކި ޗިޕް ޖަހާ ބީދައިންނެވެ. 2008 ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ދައުރު މެދުތެރެއިން ހަސަން ސައީދަށް ވެރިކަން ދޭނެ ވާހަކަ ދެއްކިއެވެ. 2013 ގައި ރަނިންގ މޭޓަކަށް މުސްތޮފާ ލުތުފީ ލައިގެން އައްޑޫއަށް ވެރިކަން ހޯދާ ދޭން އުޅުނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަންނި ހޯދަން ހިތަދޫ މެންބަރ އަސްލަމް މަޖިލިސްގެ ރައީސް ކަމަށް ނެރުނެވެ. ތަކުރާރުކޮށް އަންނި މީހުންގެ ބޮލަށް ޖެހި ކޮންމެ ޗިޕަކުން އައްޑޫ މީހުނަށް ދިނީ ދޯކާއެވެ. 

    އެންމެ ފަހުން ގޮތް ހުސްވެ އެ ޖެހީ މިހާރު ޖެހެން އޮތް މެގަ ޗިޕެވެ. އަންނިގެ ގުރުބާން ކަންބަޅިއަކަށް މި ފަހަރު އެ ހަދަނީ މެގަ ޗިޕް އިލްޔާސް ލަބީބެވެ. އަންނި ހިތުން އައްޑޫ މީހުން ތިބީ ވާނުވާގައެވެ. 

    ]]>
    Mon, 24 Jul 2023 11:58:38 +0500 ހީރަސްނިއުސް
    އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރަށްވާނެ: ޑރ. އިޔާޒް https://heerasnews.com/1650 https://heerasnews.com/1650 ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަދާލަތު ޕާޓީއާއެކު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރަށްވައި އުފާވެރި އަމާން ރާއްޖެއެއް ގާއިމް ކުރަށްވާނެ ކަމަށް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒް މި މޭރުމުން ވިދާޅުވީ މި ސަރުކާރުގައި އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ހިނގާކަމަށާއި އެކަމުގެ މަޢުލޫމާތު ޑރ. އިޔާޒާއި ޙިއްސާ ކޮށްފައިވާ ކަމަށް ރާއްޖޭގެ ނޫސްވެރިޔަކު ހާމަކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

    މިޤައުމުގަައި ހިނގާ ހުރިހާކަމެއް އޭނާއަށް އެނގިވަޑައިގަތުން ލާޒިމެއް ނޫން ކަމަށާއި، ކޮންމެ ކަމަކަށް ފާޅުގައި ބަހެއް ވިދާޅުނުވުމަކީ އެކަކަމަށް އެއްބަސްވެ ވަޑައިގަތުން ނޫން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. ކޮންމެ މީހަކު ކުރިނަމަވެސް ރަނގަޅު ކަމެއްނަމަ އެކަން ބަލައިގަންނަ ކަމަށާއި އަދި ގޯސްކަމެއްނަމަ އެކަން ކުއްވެރި ކުރައްވާ ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.

    “2013 އިން 2018 އަށް ގައުމުގައި ޢާއްމުވިއިންތިހާ ދަރަޖައިގެ އަނިޔާވެރިކަމާއި ނާމާންކަމުން ޤައުމު މިންޖުކޮށް، އަމާންކަމާއި އުފާވެރިކަމުގެ މިސްރާބަކަށް ރައީސް ޞާލިޙްގެ ޤިޔާދަތުގެ ދަށުން ޤައުމު ދަތުރުކޮށްފި.”ކަމަށް ޑރ.އިޔާޒު ވިދާޅުވެއެވެ. ވަރަށް ސާބިތުކަމާއެކު އިޔާޒު ވިދާޅުވީ “އިޞްލާޙު ކުރަަންހުރި ކަމެއްނަމަ އެކަމަށްޓަކައި ކުރަންޖެހުނު މަސައްކަތެއް އަޅުގަޑުމެން ( އދާލަތު ޕާޓީ ) ކުރާނަން،”ކަމަށެވެ.

    ރައީސް ޔާމީންގެ ސަރުކާރާއި އަޅާ ބަލާއިރު މިއަދުގެ ޙާލަތު ވަރަށް ތަފާތު ކަމަށާއި އެއްވެސް ނިއުސްކޮންފަރެންސެއްގައި ޖަވާބު ނުދެއްވި ކޯފާ އިސްކުރައްވާތަން ދެކިވަޑައި ނުގަންނަވާ ކަމަށް ޑރ ވިދާޅުވެއެވެ. ފެންނަނީ ވަރަށް ހަމަޖެހިވަޑައިގެން ހާސްކަމެއް ނެތި ޖަވާބުދެއްވާ މަންޒަރުކަމަށާއި ނޫސްވެރިންނާއި ސަލާމްކޮށްލައްވާ ސެލްފީ ނަންގަވާތަން ކަމަށްވެސް އިޔާޒު ވިދާޅުވެއެވެ. މިއީ ކުރީގެ ރައީސުންގެ ފަރާތުން ނުފެންނަ ކަމެއް ކަމަށްވެސް ވިދާޅުވެއެވެ.

    ]]>
    Wed, 19 Jul 2023 14:42:26 +0500 ހީރަސްނިއުސް
    ޔާމީން އޮރިޔާން ވަނީ އޮރިޔާމެއް އޮތީމަ! https://heerasnews.com/1628 https://heerasnews.com/1628 އެމްއެމްޕީ އާރުސީ މައްސަލައިގައި ރައީސް ޔާމީން އޮރިޔާން ވަނީ އޮރިޔާމެއް އޮތީމައެވެ. އޮރިޔާން ކުރާނެ އޮރިޔާމެއް ނެތްނަމަ ބަޔަކު ކިތަންމެ ބޭނުން ވެގެން ކުރަން އުޅުނަސް އޮރިޔާމެއް ނުކުރެވޭނެއެވެ.

    އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުރި ކުރީގެ ނައިބު ރައީސް އަދީބެއް ނޫނެވެ. ކުރީގެ ރައީސް ޔާމީނެވެ. އަދީބަކީ ޔާމީނު ގެންގުޅުނު އަޅުކުއްޖެކެވެ. އަދުރޭއަށް އެކަން ރަނގަޅަށް އެނގޭނެއެވެ. 

    ރަންކޮޅާ އަދުރޭއެވެ. ޔާމީނު ވެރިކަމުގައި އަބްދުއްލާ ގާޒީ މައްސަލާގައި ޖަލުހު ކުމުގައި ހުރި ކުރީގެ ރައީސް ނަޝީދު ގޮނޑި ދުއްވަން ފުރުވާލި ގޮތަށް އެންމެނަށް ކަންތައް ވާނެޔޭ އަދުރޭ މެނަށް ހީވާނެއެވެ. އަދުރޭމެންގެ ވެރިކަމުގައި ކުރި ކަމެއް ކުރީ އެހެން ކަމަށް ވާތީ އެހެން މީހުން ވެސް ކަންތައް ކުރާނީ އެހެނޭ އަދުރޭމެނަށް ހީވާނެއެވެ. މާޅޮހު ދަލޭކައްތަ ހުނި ގޮނޑިއަށް ކޮންމެ ކަމެއް ހަދަން އަދުރޭ ނޫޅޭށެވެ. 

    ގައުމަށާއި ރައްޔިތުންނަށް ގައްދާރު ވެގެން ވެރިކަމުން ބާލާ ޖަލަށް ލަފައިހުރި މުލުވަގުގެ ދިފާއުގައި ދިޅަހަކަށް މީހުން ނިކުމެ ތިބިހާ ބަޔަކަށް ވަގަށް ގޮވިޔަސް މުލުވަގު ގައިން ވަގުކަމުގެ ލައްގަޑެއް ނުފިލުވޭނެއެވެ. އެހެން މީހުނަށް ވަގަށް ގޮވަނީ ބޮޑުވަގު މަތީން މީހުން ހަނދާން ނައްތާލުމަށެވެ. ދިވެހި ރާއްޖޭގެ ދުށް އެންމެ ބޮޑު ވަގުގެ މަތީން ހަނދާނެތޭނީ ކާކުހެއްޔެވެ. ނުނެތޭނެއެވެ. ނުވެސް ނެއްތޭނެއެވެ.

    މަތިމައްޗަށް ވަގު ސާފުކޮށް ފުށް ޖައްސާ ކިލައެއް މިލައެއް ނެތް މީހަކަށް ހައްދައިގެން ރިޔާސީ އިންތިހާބަށް ނިކަން ނެރެލަ ބަލާށެވެ. ރައްޔިތުން ނިކުމެ ނޯށުން ރޮއްވާލާތަން ފެނިގެން ދާނެއެވެ. ހަޑި ހުތުރު ބައްޔަކުން ބަލިކޮށް ފަސްމާ މުލުންގެ މުލުވަގު ސައްޕު ޖަހާ ބޭރުކޮށްލާތަން ދެކިލަން ނިކަން ބޭނުމެވެ.

    ގަބޫލުކުރަމެވެ. ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަކީ އަދުރޭމެނަށް ކެތްކުރެވޭނެ ކަމެއް ނޫންކަން އެނގެއެވެ. އެކަން އެހެންވާކަށް އަދުރޭމެންނަކަށް ނެދެވޭނެއެވެ. އެކަމަކު މިހާރުވެސް ތެތައް ކަނޑާކަނޑާ ވަރުބަލި ވެގެންވެސް ރައީސް ސޯލިހަށް 70ހާސް ވޯޓް ލިބޭނެ ކަމަށް ނައިފަރު ޝިޔާމްމެން އެބަ އެއްބަސް ވެއެވެ. ސީދާ އެއްބުރުން ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެކަން އަދުރޭމެނަށް ވެސް އެގެއެވެ. 

    އިދިކޮޅުގައި ތިބިހާ އެންމެން އެއްކޮށްގެން ރައީސް ސޯލިހާ ވާދަކުރާނެ ފޯމިއުލާއެއް އިދިކޮޅަކަށް ނުހޯދުނެވެ. ނުވެސް ހޯދޭނެއެވެ. ވެރިކަމަށް ބޫތުކައިފާ ތިބިވަރުން އޭގެން އެކެއްގެ ގައިގަވެސް އެހިއްވަރެއް ނެތެވެ.

    ]]>
    Fri, 14 Jul 2023 04:11:48 +0500 ހީރަސްނިއުސް
    ދުންޔާއަށް: އާއިލާގައި 4 މަހުޖަނުން ތިބީ ދައުލަތް ދަވާލީމަ! https://heerasnews.com/1624 https://heerasnews.com/1624 ދައުލަތުގެ ހަޒާނާއޭ މީހަކު ބުނާއިރަށް ދުންޔާ މައުމޫނަށް މިހުރެ ވާގޮތެކެވެ. ދައުލަތުގެ ހަޒާނާއަކީ ބައްޕަގެ ބަންގާޅު ބޮޑުފޮށިކަމަށް ހަދައިގެން އުޅުނު ކުދީން އެ ވާހަކަ އެހެން ބަޔަކު ދައްކާލީމާ ވަރަށް ދެރަވާނެއެވެ. އުޅެބޮޑުވީ ދައުލަތުގެ ފައިސާގައި ލަވަކިޔާލާފައެވެ. އެހެން ވީމާ އެހެން ވާނެތާއެވެ. 

    އަމިއްލަ އައިލާއަށް ނިސްބަތްވާ އެންމެންނަކީ ރާއްޖޭގައި ތިބި އެންމެ ބޮޑެތި މަހުޖަނުންނަށްވީ ގައިމު ކަމެއް ވެގެންތާއެވެ. ބަންގާޅު ފިރިމީހާ ނޫނަސް ރާއްޖޭގައި ލޯޔަރުން އެބަތިއްބެވެ. ރިސޯޓް ހިއްސާ އޮންނަ މީހުން ވެސް އެބަތިއްބެވެ. އެކަމަކު ބަންގާޅު ފިރިމީހާއަކީ ރާއްޖޭގެ އެންމެ މުއްސަދި ދިހަ މީހުންގެ ތެރޭގައި ގުނާ ލެވެނީ ގައިމު ވަރެއް ކޮށްލާފާ ހުރީމާތާއެވެ. 

    ބައްޕާފުޅުގެ ވާހަކަ ދެއްކުމެއް ނެތެވެ. ރާއްޖޭގެ އެންމެ މުއްސަދި އެއް މަހުޖަނެވެ. ފޯރބްސް ބުނަނީ ސާދާގަރުންގެ ހަތަރެއް ނުވަތަ ފަހެއް ކަމަށެވެ. ތިރީސް އަހަރު އެއްކުރި ފައިސާ އޮތް ގޮތަށް އޮއްވާ ކުރީގެ ރައީސަށް ވީތީ ކޮންމެ މަހަކު ލައްކަ ލައްކައިން އެކައުންޓަށް ފުނިޖެހެއެވެ. ބޯވަ ހަރުގައި އިނދެ އޭގެ ފައިތަށް އެކިހަރަށް ބާނާހެން އަދިވެސް ކުރާ މަސައްކަތަކީ ގެއްލުނު ހަޒާނާއަށް އަތްދެރުމެވެ. 

    މައިފުށު ބޮޑު ބޭބޭފުޅަކީ ވެސް ލިބުނު ގޮތަކަށް ބިމާ މުދަލާ ފައިސާ ލިބުމުގައި ދެވަނައެއް ނެތް ބޮޑު ސާދާގަރެވެ. ބިލިޔަން ބިލިޔަނުން ފައިސާ އޮހޭ ހުސްނުވާ ހަޒާނާއެކެވެ. ރާއްޖެ ދުށް އެންމެ ބޮޑު އެއް މަހުޖަނެވެ. 

    ފަހުގެ ތާރީހުގައި ރާއްޖެ ދަވާލި އެންމެ ބޮޑު ވަގަކީ ބައްޕާފުޅާ އެއްބަފާ ބޮޑު ބޭބޭފުޅެވެ. މަނީ ލޯންޑަރިންގެ ރަސްގެފާނެވެ. ޖަލުގެ ތޭރި ތަކުގެ ފަހަތުގައި އޮވެގެންވެސް ގޮވާލަ ގޮވާލާ އެ އޮންނަވަނީ އެފައިސާ މިފައިސާއެވެ. އެންމެ ބޮޑެތި މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރީ ސަފުން އެ އޮންނެވީ ޖާގަ ހޯއްދަވައިގެނެވެ. 

    މިބުނެވި ދިޔަ ހުރިހާ އެންމެންނަކީ ރާއްޖޭގެ އެންމެ މުއްސަދި ދިހަމީހުންގެ ލިސްޓްގެ އެކި ހިސާބުން ޖާގަ ހޯދައިގެން ތިބި ލާރި ހިތި ބައެކެވެ. އެއް ކޮއްކޯފުޅު އެއިންނެވީ މަޖިލީހުގައި ގޮނޑި ހޫނުކޮށްގެން މުސާރަ ނަގަނަގައެވެ. އަނެއް ކޮޅުން ނިބޫ އުހުތު އެ ހުރީ މި ސަރުކާރުގެ ވަޒީރަކަށެވެ. މި ސަރުކާރުން މީހަކަށް ވާނެ ހުރިހާ މޮޅެއް ކެނޑިނޭޅި ލިބިލިބިއެވެ. މަށަކު އެ ވާހަކަ ދައްކާކަށް ނެތީމެވެ.

    ފޮރިން މިނިސްޓަރު ކަމުގެ ފޮނިމީރުކަން ފެނި އެ މީރުކަން ގެއްލުމުން މުށުން ދޫވި ގުމުރީ ހޯދަން އެމްއެންޕީގެ ނައިބުކަން ހޯދައިގެން ހުރެ ސަރުކާރުގައި ހުރި ލާރިކޮޅު ބަހަނީ ސަރުކާރުގެ ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންނަށޭ ކިޔަން ދުންޔާ މައުމޫން ލަދުނުގަންނަ ކަމެވެ. 

    ބިރު ނުގަންނާށެވެ. ޑޮލަރު ލިބުން ކިތަންމެ ދަތިވެ ރާއްޖޭގެ އެމްބަސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތް ދިނުން ކިތަންމެ ލަސްވިޔަސް ތިޔަ ގެއަށް ވަންނަ މަހު އެއްޗެތިކޮޅު ވަންނާނެއެވެ. މިވީހާ ތަނަށް ދައުލަތް ކަހާލައިގެން ތިޔަ އެންމެންވެގެން ބައްކުރި ފައިސާއަކުން އެމްބަސީތަކުގެ މުއައްޒަފުންނަށް މުސާރައާއި އިނާޔަތް ދޭކަށް ނުޖައްސާނެއެވެ.

    އާނއެކެވެ. ލިބޭމިންވަރު ނިކަން ދަނެގެން ވިބޭނުންތައް މުޅި އާއިލާއަށް ބަހާލައިގެން، ތިބީތީ، ތިޔަ ތިބީ ބޭޒާރެއް ނުވެއެވެ. ދައުލަތުގެ ލޯލާރިއެއްގައިވެސް ނުޖެހި އަނގަޔާ އަތާ ދިމާނުވެއެވެ.

    ]]>
    Tue, 11 Jul 2023 19:01:02 +0500 ހީރަސްނިއުސް
    ޔާމީނަށް ވާދަކުރަން ފުރުސަތު ހޯދާދިނުމަކީ ކޯޓުތަކުގެ ޒިންމާއެއްނޫން https://heerasnews.com/1622 https://heerasnews.com/1622 ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައި އޮތީ އެންމެ މައްސަލައެއް ނޫނެވެ. ހުށަހަޅާފައި އޮތް ކޮންމެ މައްސަލައަކީ އެހާމެ އަވަހަށް ހުކުމަށް ވާސިލުވާން ހަސްމުން ބޭނުންވާ މައްސަލައެކެވެ. އިސްތިއުނާފީ ހުކުމް ލަސްވުމުގެ ސަބަބުން އިއާދަކުރަން އުދަގޫވާވަރުގެ ގެއްލުން ލިބޭ ޒާތުގެ މައްސަލަވެސް އޭގެތެރޭގައި ހުންނާނެއެވެ. އެހެންނަމަވެސް ކޮންމެ މައްސަލައެއް އިސްތިއުނާފް ކުރުމަށް ވަގުތު ނަގާނެއެވެ. ހިތް އެދޭހާ އަވަހަށް ހުކުމަށް ވާސިލު ނުވެވިދާނެއެވެ. 

    ފަނޑިޔާރުންގެ ކުރިމަތީގައި ވަކި މައްސަލައަކަށް ވުރެ ވަކި މައްސަލައެއް މުހިންމެއް ނުވާނެއެވެ. އިންސާފަކީ ހޯދާދިނުމުގާ ޕްރިއޮރިޓީ އޮންނަ ކަމެއް ނޫނެވެ. މައްސަލަ ރައްދުވަނީ ވަކި މީހަކަށް ވެގެން ފަނޑިޔާރުން އިސްކަންދޭން ޖެހޭ ހަމައެއް ނޯވެއެވެ. ގާނޫނު އަސާސީ ބުނަނީ ވަކިފަރާތަކަށް ނުޖެހި ހަމަހަމަ ކަމާއެކު މައްސަލަތައް ބަލާ އިންސާފު ހޯދާ ދިނުމަށެވެ.

    އިސްތިއުނާފް ނިމޭލެއް ލަސްވެގެން މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާ ބައެއް ހަސްމުންނަށް ކުރިމަތިވެއެވެ. އިސްތިއުނާފް ލަސްވެގެން ބައެއް ކަހަލަ ފުރުސަތުތައް ގެއްލިފައި ތިބި މީހުންނާ ކުންފުނިތައްވެސް މަދެއް ނޫނެވެ. އެެހެނެކޭ ކިޔާ ވަކިބަޔަކަށް ވަކި ފުރުސަތެއް ގެއްލޭތީ ހުކުމަށް ވާސިލުވުން އަވަސް އަރުވާލާކަށް ފަނޑިޔާރުންނަކަށް ނުޖެހެއެވެ. ފަނޑިޔާރުންގެ ޒިންމާއަކީ ލަސްކޮށް ފަސްކުރުމުގެ ނިޔަތްނެތި ވީހާވެސް އަވަހަކަށް ކޮންމެ ހަސްމަކަށްވެސް އިންސާފު ހޯދާ ދިނުމެވެ.

    ފަނޑިޔާރުންނަކީ ވެސް އިންސާނުންނެވެ. އެ މީހުނަށްވެސް ޒުރޫރަތްތައް ކުރިމަތިވާނެއެވެ. ހަމައާއި އުސޫލުގެތެރެއިން ޗުއްޓީވެސް ނަގާނެއެވެ. އެކަމުން ލަސްވެ ފަސްވަނީ ވަކިމީހެއްގެ ވަކިމައްސަލައެއް ނޫނެވެ. ޗުއްޓީ ނަގާ ފަނޑިޔާރަކު ބަލާ ހުރިހާ މައްސަލައަކަށްވެސް އެ ލަސްވުން އައުމަކީ ތޮބީއަތެވެ.

    ކުރީގެ ރައީސް އަބްދުއްލާ ޔާމީނެއް ކަމަކު ހިނގާނީ އެހުކުމެވެ. ރައީސް ޔާމީނުވެގެން ފަނޑިޔާރުން ދޭންޖެހޭ އިސްކަމެއް ނުއޮންނާނެއެވެ. ފަނޑިޔާރުގެ ކުރިމައްޗަށް ދިޔުމުން އެއީ އެހެން މައްސަލަތަކުގެ ހަސްމުން ފަދަ ހަސްމެކެވެ. ރައީސް ޔާމީނެއް ނޫނެވެ. ދަށުކޯޓުގެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސަކަށް ތަންފީޒެއް ނުކުރާނެއެވެ. މީހެއްގެ މައްޗަށް ކުށެއް ސާބިތުވެ ހުކުމެއް އައުމަށްފަހު އެހުކުމެއް ބާތިލުކުރަންދެން އެއީ ކުށްވެރިއެކެވެ. މުޖުރިމެކެވެ. 

    ކުށެއް ސާބިތުވެގެން ހުކުމެއް ތަންފީޒުކުރެވޭ މީހަކަށް އާއްމު މިނިވަން އިންސާނައަށް ލިބިގެންވާ ހައްގެއް ނޯންނާނެއެވެ. އިންތިހާބުތަކަށް ކުރިމަތިލާ ވާދަ ކުރުމުގެ ހައްގުވެސް ލިބިގެންވަނީ މިނިވަން އިންސާނާއަށެވެ. ކިތަންމެ ބަޔަކު ލޯބި ވިޔަސް ކޮންމެ ބަޔަކު ބޭނުން ވިޔަސް މުޖުރިމަކަށް އިންތިހާބުތަކަށް ކުރިމަތި ލުމާއި ވާދަ ކުރުމުގެ ހައްގެއް ނެތެވެ. މުޖރިމަކަށް އެފުރުސަތު ހޯދާ ދިނުމުގެ ނިޔަތުގައި އިސްތިއުނާފް އަވަސްކޮށް ލަސްކޮށް މިނިވަން ކޮށްދިނުމަކީ ކޯޓުތަކަށް އޮތް އިމްތިޔާޒެއް އިހުތިސާސެއް ނޫނެވެ. 

    ވަކި ގޮތަކަށް ކޯޓުގެ ހުކުމް ނެރުމަށް ބާރުއަޅާ މުޒާހަރާކުރުމާއި ކޯޓުތަކަށް ބަޔަކުގޮސް ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅުމަކީ ކުރާ ބޮޑެތި ކުށްކުށެވެ. ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ވަގުތު ހަމަ ނުވަނީސް ޔާމީނުގެ ކުށެއް ނެތްކަން އިސްތިއުނާފުން ސާބިތުވެއްޖެނަމަ ޔާމީނަށް ވެސް ރިޔާސީ އިންތިހާބުގާ ވާދަކުރެވޭނެ ނޫން ހެއްޔެވެ. ކުށެއް ނެތްކަން ސާބިތު ނުވެއްޖެނަމަ ޖެހޭނީ ޖަލު ހުކުން ތަންފީޒު ކުރުމުގައި ދެމިހުންނާށެވެ.

    ޔާމީނު ރައީސްކަމަށް ވާދަކުރަން ފުރުސަތު ހޯދާދިނުމަކީ ކޯޓުތަކުގެ ޒިންމާއެއް ނޫނެވެ. ރިޔާސީ އިންތިހާބަށްޓަކައި ވަކި ދުވަހެއްގެ ކުރީންން ޔާމީނު ދޮވެ ސާފުކުރުމަކީ ދިވެހި ރާއްޖޭގެ ހައިކޯޓުން ކުރަން ޖެހޭނެ ކަމެއްވެސް ނޫނެވެ.

    ]]>
    Tue, 11 Jul 2023 16:13:32 +0500 ހީރަސްނިއުސް
    ޖަމީލަށް: ހިނގާ ދިހައަހަރު ރައީސް ސޯލިހަށް https://heerasnews.com/1617 https://heerasnews.com/1617 ރައީސް 2018އިން ފެށިގެން 10 އަހަރު ވެއްޖެކަމަކަށް ވިދާޅެއް ނުވެއެވެ. ރައީސް ވިދާޅުވީ 2018 އިން ފެށިގެން ހިނގާ ދިހަ އަހަރުގެ ވާހަކައެވެ. އެ ވިދާޅުވާ 10 އަހަރު ހަމާވާނީ 2028ގައެވެ. ރައީސް ކެމްޕެއިން ކުރައްވަމުން އެގެންދަވަނީ އެ ވިދާޅުވާ 2018 ނޮވެންބަރ 11 އިން ފެށިގެން ހިނގާ ދިހަ އަހަރުގެ ފަހުބައި ހޯއްދެވުމަށެވެ. 

    ދިވެހި ބަސް ރަނގަޅަށް ނޭނގޭ ގަމާރަކަށް ރައީސް ވިދާޅުވާ އެއްޗެއް ނޭނގުމަކީ ރައީސް ގެ މައްސަލައެއް ނޫނެވެ. ފޯއްމުލަކު ޖަމީލު ގަޅިކަމުން ރައީސް ވިދާޅުވާ އެއްޗެއް ނޭނގި މީސްމީޑިއާގައި ޓްވީޓްކުރުމުގެ ކުރިން ދިވެހި ބަސް ދަސްކުރިއްޔާ މާ ތާހިރު ވާނެއެވެ. ރައީސް ވިދާޅުވީ އަންނަނިވި އިބާރާތުންނެވެ. "އަޅުގަނޑު މިދެންނެވި ކަންތަތަކުގެ ހެޔޮ ނަތީޖާ ދިހަ އަހަރުން، 2018 އިން ފެށިގެން ދިހަ އަހަރުން، އަޅުގަނޑުމެން ވެރިކަމާއި ހަވާލުވިފަހުން މިހިނގާ ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ދެގުނަ ކުރުން، އިރާދަކުރެއްވިއްޔާ އެމަންޒަރު ތިބޭފުޅުންނަށް ފެނިގެން ދާނެ." އެވެ. 

    ވިދާޅުވި އެތި ވަރަށް ސާފެވެ. އެ ވިދާޅުވީ "އަޅުގަނޑު މިދެންނެވި ކަންތަތަކުގެ ހެޔޮ ނަތީޖާ ދިހަ އަހަރުން" ފެންނާނެ ކަމަށެވެ. އެ ވިދާޅުވާ އެއްޗަކީ " 2018 އިން ފެށިގެން ދިހަ އަހަރުން" ފެންނާނެ ކަމަށެވެ. ވިދާޅުވި ބަސްފުޅު އިތުރަށް ސާފުވެގެން ދަނީ " އަޅުގަނޑުމެން ވެރިކަމާއި ހަވާލުވިފަހުން މިހިނގާ ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ދެގުނަ ކުރުން" ކަމަށް ވުމުންނެވެ. "އިރާދަ ކުރެއްވިއްޔާ އެ މަންޒަރު ތިބޭފުޅުންނަށް ފެނިގެން ދާނެ." ކަން ކަށަވަރުކޮށް ދެއްވަމުން ދެއްވި މެސެޖަކީ 2018 ގައި ހިންގަވަން ފެއްޓެވި ވެރިކަން ދިހަ އަހަރު ދުވަހު ކޮއްދެއްވުމަށް ރައްޔިތުން ބޭނުންވެފައި ތިބިވަރެވެ.

    ރައީސްގެ ރިޔާސީ ކެންޕޭނުގައި ރައީސާއެކު ރާއްޖޭގެ ރައްޔިތުން އަތުގުޅަލައިގެން ތިބިތަން ފެންނަ ވަރަކަށް ދެކޮޅުވެރީން ބުއްދި ރަންވާނެއެވެ. ކެކިއަރާ ނަފުރަތުގެ އުދާސްތައް ބަންޑުން ކުރާނީ ސޯސަލް މީޑިއާ އަށެވެ. އެއް ދުވަހު ބުނާނީ ނުކިޔަވާ ހުރި ވާހަކައެވެ. އަނެއް ދުވަހު ބުނާނީ ލިޔަންކިޔަން ނޭނގޭ ވާހަކައެވެ. ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެން މޮޔަގޮވުން ނޫންކަމެއް ސިޔާސީ ގޮތުން ޖަމީލު މެނަކަށް ނުފެނެއެވެ. 

    ޒިންމާދާރު ސިޔާސީ ރައްދެއް ދޭން ނޭނގި ރައްޔިތުންގެ ތެރޭގައި ރައީސަށް އޮތް ލޯޓްބާއި އިހުތިރާމް ކުޑަނުވެ ބޮޑުވަމުން ދާވަރަކަށް އިދިކޮޅުވެގެން ގޮވެނީ ކޮހެވެ. ބޮލަށް ލައިގެން ރައީސް ސޯލިހާ ދެކޮޅަށް ވިއްކަން ނުކުތް އެއްވެސް އެއްޗެއް ނުވިކި ޑަސްބިން ކުރަން ޖެހުނީމާ ޓްވީޓެއް ކޮށްލައިގެން ވެސް ނިދާލެވޭތޯ ބަލަން ވާނެއެވެ.  

    ]]>
    Mon, 10 Jul 2023 17:40:15 +0500 ހީރަސްނިއުސް
    ނަމުން ޑިމޮކޮރެޓްސް ކަމުން ކަލްޕްރިޓް https://heerasnews.com/1615 https://heerasnews.com/1615 " ނަނާ ހުވަފެން ދުށީމޭ ބާރަކާ މީހަކުގެ ނުމެލާ އާރަކަށް މާމުއި ފެތޭތީ" އެވެ. ހުވަފެން ދުށުމަކީ ގޯހެއް ނޫނެވެ. އަމްދުން ސިޔާސީ ޕާޓީ އުފައްދަނީ ވެރިކަން ހޯދާށެވެ. ދެން އަންނަ ސަރުކާރެއް އުފައްދާނީ ދަ ޑިމޮކްރެޓްސް ޕާޓީ އިން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވުމަކީ އަޖައިބު ވަވަރު ކަމެއް ނޫނެވެ. އީވާގެ އަނގައިގެ ވިހައިގައި އިރެއްގައި ބަޔަކު ޖެހުނަސް އީވާމެން ދައްކާ ވާހަކަ ދިވެހިން އަޑުއަހާލަނީ މުސްކުޅި މާމަ ކުދިން ނިންދަވަން ކިޔާދޭ ފަރިއްސެއްގެ ގޮތުގައެވެ. އެކިޔާ އެއްޗަކުން މާބޮޑު ކަމެއް ވާނެކަމަށް ދެކިގެނެއް ނޫނެވެ. 

    ޑިމޮކްރެޓިކް ކިޔަސް އެހެން ނަމެއް ކިޔަސް ކަލްޓެއް ވަނީ ކަލްޓަކަށެވެ. ވަގުހަން ގައިގާލައިގެން ބަކަރިއެއް މިނިކާ ވަގަކަށް ނުވާނެއެވެ. ނަމުން ޑިމކޮރެޓަސް ކަމުން ކަލްޕްރިޓެވެ. ހެޔޮލަފާ ތާހިރު ކަމެއް ނުކުރެވޭނެއެވެ. ކުރާކަށް ހިތަކަށްވެސް ނަރާނެއެވެ. ޑިމޮކްރަސީގެ ނަމުގައި ކުރާނީ ޑިކްޓޭޓެވެ. އެކަން ތިޔަ ކަލްޓާއެކު ދިވެހިން ތަޖުރިބާ ކޮށްފިއެވެ.

    އާރާބާރު ރައީސް ނަޝީދަށް ދެފަހަރު މަތީން ރައްޔިތުން ދީފިއެވެ. ފުރަތަމަ ފަހަރު ހޮދު ނަޝީދަށެވެ. ދެވަނަ ފަހަރު ތިމާގެ މުށުތެރޭގައި އެޕާޓީއެއް އޮތް އެމްޑީޕީއަށެވެ. ދެފަހަރުމެ ރައީސް ނަޝީދު ގޮއްވާލީ އަތަށެވެ. އަމިއްލަ އެދުމާ ޒާތީ މަސްލަހަތު ކުރިއަށް ނެރެގެނެވެ. މެޖޯރިޓީއަށް އިހުތިރާމް ނުކޮށް މަވެތި ވެގެންނެވެ. 

    ފުރަތަމަ ފަހަރު ރައްޔިތުންގެ އިހުސާސަށް ބެލުމެއްނެތި މަތިމައްޗަށް ބޮޑެތި ގޯސްހަދާ ދައުރު ހަމަ ނުކޮށް ދިނީ ރައީސް ކަމުން އިސްތިއުފާއެވެ. މުޅި ދައުލަތުގެ ހީރަސް ކަޑާލާފައެވެ. ދެވަނަ ފަހަރު ރައްޔިތުން ނުދެނީ ކޯއްޗެއް ހެއްޔެވެ. ވެރިކަމާ މަޖިލީހާ އެކުގައި ދިނުމުން ވެސް ކެތެއް ނުވިއެވެ. އެހެން މީހަކު ވެރިކަމުގައި ހުރީތީ ފަޔަށް ހިނިއަރައިގެން ތެޅިތެޅި ހުޅުނބު ދުއްވާލީ އަމިއްލަ ގައިންނެވެ. އާރާބަރު ގެއްލި ވެރިކަން ގެއްލި ޕާޓީވެސް ގެއްލުނީއެވެ. ލައްކަލައްކައިން މީހުން ތާއީދު ކުރިކަމަށް ހީކުރި މީހައަށް މަރަށް ފުރާނައަށް 3000 ހަމަވީ ކިރިޔާއެވެ. 

    މިހަރު ތިޔަ ދައްކަނީ  ދެން އަންނަ ސަރުކާރެއް އުފައްދާނީ ޑިމޮކްރެޓުން ކަމަށް ދެކި ކުރާ ތެޔޮގުޅާ ސާދާ ވާހަކައެވެ. ހަސް ނެތަސް ބާރުހުރި ފަރާތްތަކުން ވެސް ބޯލަނބަން ޖެހެނީ ޑިމޮކްރޭޓުންނަށް ކަމަށް ދެކިގެން ހެދޭނެ ކޯލިޝަނެއް އުފެއްދޭނެ ސަރުކާރެއް ދަ ޑިމޮކްރެޓުންނަކަށް ނުއޮންނާނެއެވެ. ގާސިމެއް ޔާމީނެއް ނާޒިމެއް އުމަރެއްވެސް ނަޝީދަށް އިތުބާރުކޮށް އެމީހުން އުފައްދާ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް ބައިވެރިއެއް ނުކުރާނެއެވެ. ދަ ޑިމޮކްރެޓްސް އާއި ބައިވެރިވެގެން ސަރުކާރެއް އުފައްދާނެ މީހަކު މިގައުމަކު ނޫޅޭނެއެވެ. އަމްދުން ނަޝީދު އިސްވެ ހުރެ އުފައްދާ ސަރުކާރެއް އުފައްދަން ޑިމޮކްރެޓުންނަށް ވޯޓުދޭނެ ބަޔަކުވެސް ނޫޅެއެވެ. އެއަށްވުރެ ބޮޑަށް ނަޝީދާއި ރެޓުންގެ އިތުބާރު ރައްޔިތުންނަށް ވަނީ ގެއްލިފައެވެ.

    ]]>
    Mon, 10 Jul 2023 14:50:47 +0500 ހީރަސްނިއުސް
    ޖަމީލުގެ ފާހަކީ ހިއުމިލޭޓް ކުރުމުގެ ލައިސަންސެއްނޫން https://heerasnews.com/1610 https://heerasnews.com/1610 ދިވެހި ގިނަ ރައްޔިތުންނަކީ ނުހައްގު މަންފާ ހޯދަން އުޅޭ ބައެއްކަމަށް ބުނެ ޑރ. ޖަމީލު ދިވެހި ރައްޔިތުންނަށް ކުޑައިމީސް ކޮށްފިއެވެ. ރައްޔިތުންގެ 68 އިންސައްތަ ލިިބިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވަމުން ގެންދަވާ އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ރައީސް ކަމަށް ހޮވުމަށް ތާއީދުކޮށް މަސައްކަތްކުރާ ހުރިހާ ދިވެހި ރައްޔިތުންނަކީ ނުހައްގު މަންފާ ލިބޭ މީހުންކަމަށް ޑރ. ޖަމީލު ތުހުމަތުކޮށް ޓްވީޓްކުރުމަކީ ޖަމީލުގެ ޖާހިލުކަން ހާމަ ކޮށްދިން ކަމެކެވެ. 

    މާމޮޅަށް ކިޔަވައިގެން ހުރި މީހަކަށް ހެދިގެން މަވަރެއް ނެތިގެން ޖަމީލު އުޅޭއިރު ޖަމީލުގެ ބަސްމަގާ އަމަލުތައް ހުރިގޮތުން ޖަމީލަށް ވުރެވަކީން ބޮޑު ޖާހިލަކު ނެތްކަން ޔަގީންވެއެވެ. ކިޔަވައިގެން ތިބޭ މީހުންނަކީ އަނެކާއަކީ ނުކިޔަވާ ހުރި މީހެކޭބުނެ އިންސާނީ ކަރާމަތަށް އަރައިގަންނާނެ މީހެއް ނޫނެވެ. 

    ރައީސް ސޯލިހަކީ ނުކިޔަވާ ހުރި މީހެއް ކަމަށް ޖަމީލު ބުނާއިރު ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ގޮތުގައި ކޮންމެ ގައުމެއްގައި ތިބެނީ އެ ގައުމެއްގައި ހުރި އެންމެ މަތީ އިލްމީފާސް ނަގައިގެން ހުންނަ މީހާ ނޫންކަން ޖަމީލަކަށް ނޭނގެއެވެ. ހުރިހާ ކަމެއް އެނގޭ ހުރިހާ ރޮނގަކުން އިލްމުވެރި އެކަކުވެސް މިއުޑުދަށުގައި ނުވާކަމެއް ވެސް ޖަމީލަކަށް ނޭގެއެވެ. 

    ޖަމީލު އަތުގައި އޮތް އިލްމީ ފާހަކީ އެފަދަ އަނެއް އިންސާނާ ހިއުމިލޭޓްކުރަން އޮތް ލައިސަންސެއް ނޫނެވެ. ރާއްޖޭގައި ރައީސްކަންކުރި އެންމެންނަކީ ޖަމީލުގެ މަލާމާތާ ފުރައްސާރަ ރައްދު ކުރެވިފައިވާ މީހުނެވެ. މިއަދު މައުސޫމަކަށް ހަދަން ޖަމީލު ފޫގަޅައިގެން އުޅޭ ރައީސް ޔާމީނަށް ޖަމީލު ނުގޮވާ ކުނިފުޅައެއް ވަކަރުގޭ ދަރިއަކުވެސް މީހަކަށް ގޮވާފައެއް ނުއޮންނާނެއެވެ. 

    ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދަން ޖަމީލު ތެޅެތެޅެ ފޭބީ ހުޅުނބެވެ. ނަމުގެ ކުރިއަށް ޑރ ކިޔުމުގެ ބަދަލުގައި ގިނަ މީހުން ބޮނޑިބަތް ކިޔަނީވެސް ޖަމީލުގެ އިލްމުވެރިކަން އަމިއްލައަށް ފައިދަށަށްލާ ނަގާލީތީއެވެ. 

    ރައީސް ސޯލިހު ރައީސަކަށް ހޮވަން މަސައްކަތް ކުރަނީ ނުހައްގު މަންފާ ލިބޭ މީހުން ކަމަށް ޖަމީލު ބުންޏަސް މީހަކަށް ކަހަރުވަކެކޭވެސް ހިޔެއް ނުވެއެވެ. ޖަމީލު އެހެން ބުނުމަކުން ރައީސަށް ތާއީދުކުރާ މީހުންގެ ތާއީދުކުރުމެއް ވެސް ނުހުއްޓުވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮޓޯފުޅެއް ހިއްސާ ކޮށް ޖަމީލް ޓްވީޓް ކުރުމުން މަލާމަތާއި ފުރައްސާރަ ރައްދުވަނީ ހޮދު ޖަމީލަށެވެ.

    ނުކިޔާވާ ހުރި މީހަކު ރައީސަކަށް ހޮވަން މަސައްކަތް ކުރާ ދިގު ދޫތަކުގެ ވެރިންނޭ ބުނެ ރާއްޖޭގެ އެންމެ މީސް ގިނަ ސިޔާސީ ޕާޓީގެ އިސްލީޑަރަށް ޖަމީލު ފުރައްސާރަކުރާއިރު ރާއްޖެ ދުށް އެންމެ ބޮޑުވަގު ދިފާއު ކުރުމުގެ ނަމުގައި ޖަމީލު ތިޔަ ޖަހާ ސަކަރާތުން ވެސް ޖަމީލުގެ މުނާފިގުކަމާ ދެފުށް ދެގޮތްކަން ނޫން އެއްކަމެއް ނުފެނެއެވެ.

    ނުޙައްގު ގޯތިތަކާއި މަންފާ ލިބޭ ސިޔާސީ އަދި ދީނީ މީހުނޭ ކިޔައިގެން ރައްޔިތުންގެ ގިނަ ބަޔަކަށް ހަގީގަތެއް ނެތް ދޮގު ތުހުމަތުކޮށް ހުކުން ކުރަން ޖަމީލަކީ ކާކުހެއްޔެވެ. ޖަމީލުގެ ނަޒަރުގައި ފަސޭހަކޮށް ބަލިވާނެ މީހެއްގެ ފަހަތު އަޅައިގަނެގެން ނުނެއްޓެވިގެން ޖަމީލަށް ތިޔައުޅެނީ ކީއްވެގެންކަން ކުޑަ ކުއްޖަކަށް ވެސް އެނގޭނެއެވެ. ރައްޔިތުން އިންތިހާބުކޮށް ވެރިކަމަށް ގެނައި އެންމެ މީހަކުވެސް ބޮނޑިބަތް ޖަމީލަށް ކަމުގޮއްސައެއް ނެތެވެ. 

    އަޖައިބެއް ނުވާނެހެއްޔެވެ. ބޮނޑިބަތް ޖަމީލަށް ލިބިގެން މިއުޅެނީ ކޮން މޮޅުކަމެއް ހެއްޔެވެ. ޖަމީލުގެ މޮޅުކަމުން ރައްޔިތުންނަށް ވީކޮން މަންފާއެއް ހެއްޔެވެ. ޖަމީލުގެ މަވެތިކަމުގެ ސަބަބަކީ ލިބިއޮތް އިލްމީ ފާސް ނަމަ އެފަދަ ފާހެއް އެހެން މީހަކަށް ނުލިބުނިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. 

    ]]>
    Sun, 09 Jul 2023 16:36:39 +0500 ހީރަސްނިއުސް
    ދައުލަތުން ހޭދަކުރަނީ ދެކޮޅުވެރިކަން ފަތުރާކަށްނޫން https://heerasnews.com/1586 https://heerasnews.com/1586 ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ސީރިއަސް ތުހުމަތު ކުރާ ފަރާތް ތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ހިތްވަރުދޭ ދިނުމަށް މަރުހަބާ ކިޔަމެވެ. ނޫސްވެރިން ވެސް ރާއްޖޭގައި ހެދިފައިވާ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް އިސްކަން ދޭން ޖެހޭކަމަށް ގަބޫލު ކުރެވޭމެއެވެ.

    ޒިންމާދާރު ނޫސްވެރިކަމަކީ ބަޔަކު ބޭނުންވާހާ ކަމެއް ބޭނުންވާހާ ގޮތަކަށް ގެނެސް ދިނުމެއް ނޫނެވެ. އެއިރަކު އޮންނަ ގާނޫނީ ސަރުކާރަކާ ވިއްދާލައިގެން އިދިކޮޅު ވާދަވެރިން ކިޔާހާ އެއްޗަކާ ބުނާހާ އެއްޗެއް އެ މޭރުމުން ގެނެސް ދިނުމެއްވެސް ނޫނެވެ.

    ރައްޔިތުން އިންތިހާބުކޮށްފައި އޮތް ގާނޫނީ ސަރުކާރުން ރައްޔިތުންގެ ހައްގުގައި އަދާކުރާ ޒިންމާތަކާއި ދޭ ހިދުމަތް ތަކުގެ ވާހަކަ ގެނެސް ދިނުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. ކޮންމެ ކަމެއް އިދިކީލި ވިސްނުމުގައި ފަސާދައާއި ފިތުނައަށް ވާނޭހެން ގެނެސް ދިނުމަކީ ޒިންމަދާރު ނޫސްވެރިކަމެއް ނޫނެވެ. ސަރުކާރުން ކުރާ ކޮންމެ ކަމަކީ ރަނގަޅު ކަމެކޭ ބުނުމަކީ އޭގެ މާނައެއް ނޫނެވެ.

    ރައްޔިތުންގެ ތެރެ ގަޑުބަޑުކޮށް ހަމަނުޖެހުމަށް ހިތްވަރުދޭ ބަޔަކާ އެއްބާރުލުން ދީގެން އެފަދަ މީސްމީހުން ކުރާހާ ޓްވިޓާއި ބުނާ ކޮންމެ ވާހަކައަކީ ނޫސްތަކުގެ ސުރުހީން ޖާގަ ދޭން ޖެހޭ ކަންކަމެއް ނޫނެވެ. ތެދެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޒަމާންވީ ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. މާލީ މިނިވަންކަން ނެތުމާއި ގާބިލް ނޫސްވެރިން އުފެއްދުން ފަދަ ގޮންޖެހުންތައް އެބަހުއްޓެވެ. މި ހުރިހާ ދަތިތަކާއެކު ރާއްޖޭގައި ކުރެވޭ ނޫސްވެރިކަމަކީ ޝައުގުވެރިކަން ހުރި ބަޔަކު އުފަލަކަށްޓަކަ ކުރެވޭ ކަމެކެވެ. އަމްދަނީ އެއް ހޯދަން ކުރެވޭ މަސައްކަތެއް ނޫނެވެ. 

    ނޫސްވެރިކަން ކޮށްގެން ލިބޭ އާމްދަނީ އަކުން ދިރިއުޅުމުގެ ޒުރޫރަތްތައް ހަމަޖެއްސެނީ މަދު މީހަކަށެވެ. ވާނީ އެހެންތާއެވެ. އެއްވެސް ނޫސް އެޖެންސީއަކަށް އެތަނެއްގެ އަސާސީ ހަރަދު ބަރަދު ހަމަޖައްސާ ނޫސްވެރިންނާއި އެހެނިހެން މުއައްޒަފުންނަށް އެކަށީގެންވާ މުސާރަޔަކާއި އިނާޔަތެއް ދެވޭހާއެއް ނުވެއެވެ. އިސްތިހާރާއި ސްޕޮންސަރއިން ހަރަދުތައް ހަމަޖައްސާލެވޭ ވަރުގެ އާމްދަނީއެއް ލިބޭ ނޫސް އެޖެންސީއެއް ނެތެވެ. 

    ނޫސްވެރިކަން ދެމިއޮންނަން އެންމެން ވެސް ބޭނުމެވެ. އެބަޔަކު އިސްތިހާރުވުމަށާއި އެ ބައެއްގެ މޫނުމަތި ރީތިކޮށް އެ ބަޔަކު ފަތުރަންޖެހޭ މައުލޫމަތަކާއި ޕްރޮޕަގެންޑާއެއް ފަތުރަން ނޫސްވެރިކަން އޮތުން ބޭނުންވެއެވެ. އެ ބައެއްގެ ފަތިފުށް ހާމަކޮށް ކަމުގެ ހަގީގަތް އޭގެ ގޮތުގައި ހާމަ ކުރާކަށް ބޭނުމެއް ނުވެއެވެ. އެ ހާލަތުގައި ނޫސްވެރި ކަމަށް ވުރެ ނުބައި ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. 

    ހެޔޮވެރިކަމެއްގައި ވަކި ދާއިރައެއް އިހުމާލު ނުކޮށް ގައުމުގެ ހުރިހާ ދާއިރާއެއްގެ ކުރިއެރުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދައުލަތުން އެހީތެރިކަން ފޯރުވައިދެއެވެ. ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި އެހެނިހެން މުއައްސަސާ ތަކުން އެ ބައެއްގެ ކެރި ފޯރުންތެރިކަން ހުރިވަރަކުންނެވެ. އެފަދަ އިޖުތިމާއީ ޒިންމާ އަދާ ނުކުރާ ދުވަސްވަރެއް ވެސް ވެރިކަމެއް ވެސް ރާއްޖެ ނުދެކެއެވެ. ކުޅިވަރު މުބަރާތްތަކަށާއި ތަމްރީނު ޕްރޮގްރާމްތަކަށާއި އެހެނިހެން އެތައް ހަރަކާތަކަށް އެތަންތަނުން އަބަދުވެސް ހޭދަކުރެއެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަމްރެވެ. އެގޮތުން ނޫސްވެރިކަން ކުރިއެރުވުމުގެ ގޮތުންނާއި އެތަންތާގެ ޕްރަމޯޝަނަށް ހޭދަކުރުމަކީ އަބަދު ވެސް ކޮށްއުޅޭ ކަމެކެވެ. ވަކި ކުންފުންޏެއްގެ ނަން ފާހަގަކޮށް އަމްރު ނޫސްވެރިންނަށް ކުޑައިމީސް ކުރިއިރު އަމްރުގައި ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީތާއެވެ.   

    ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދައުލަތުން ހޭދަ ކުރަނީ ގައުމުގައި ފިތުނަ އުފައްދާ ދެކޮޅުވެރިކަން ފަތުރާކަށް ނޫނެވެ. އަނިޔާވެރިކަމާއި ބިރުވެރިކަން ފަތުރާކަށް ވެސް ނޫނެވެ. ހަމަޖެހުމާ ސުލްހަވެރިކަމާއި ގާއިމުކޮށް ދަމަހައްޓާށެވެ. ސަރުކާރާއި ރައްޔިތުންނާ ޖައްސާކަށް ވެސް ނޫނެވެ. އިދިކޮޅުން ކިތަންމެ ބޭނުންވިޔަސް ގިނަ ނޫސްވެރިން އެކަމެއް ނުކުރާނެއެވެ. ގިނަ މީހުނަށް ތެދާ ދޮގު އެނގެއެވެ. 

    ނޫސްވެރިކަމަކީ ތަޅުލެވި ހިފެހެއްޓިފައި އޮތް އެއްޗެއްނޫނެވެ. ކަމުގެ ގާނޫނީ މިންގަޑަށް ފެތޭ ކޮންމެ މީހަކަށް ވެސް ނޫހެއް ރަޖިސްޓްރިކޮށްގެން ހިންގުމަކަށް މަނައެއް ނޫނެވެ. އާނއެކެވެ. ކޮންމެ ނޫހެއްވެސް ފަށަނީ އަލަށެވެ. ދުވަހުން ހަފްތާއިން މަހުން އަހަރުން ދޮށިވެގެން ދަނީ އޭގެ ފަހުންނެވެ. ނޫހެއް ދެމި އޮތުމާ ނެތި ދިއުން އެއީ އެހެން ކަމެކެވެ. އަލަށްފަށާ ކޮންމެ ނޫހަކީ ރޮއްޓަކަމަށް ނުވަތަ ފޮޅިއެއް ކަމަށް ސިފަކޮށް ކުޑައިމީސް ކުރުމުގެ ހައްގެއް އެކަކަށްވެސް ނުއޮންނާނެއެވެ. ނޫހެއްގެ ބޮޑު ކުޑަ މިން ކަނޑަ އަޅަން ބާރަށު ޝުޖާއަކީ ކާކު ހެއްޔެވެ.

    މާބޮޑެތި ސިޔާސީ މީހުނަށް ހެދިގެން ނޫސްވެރިންނަށް ފާޑުފާޑުގެ ތުހުމަތުކޮށް ޒާތީ ވާއިރު ހޭބުއްދި ނުވާތީ ދެރައެވެ. ނޫސްވެރިކަމުގެ ބާރު އިހުސާސް ނުވުމަކީ ތިމާމެންގެ އުނިކަމެވެ. ތިޔަ ކަހަލަ އެތައް ޝުޖައަކާ  އަމްރެއް ހަމަ ބިމަށް ތިރިކޮށް ކުޑަކަކޫ ޖައްސުވާފައި ތިބިކަން ނޭނގޭ ހެއްޔެވެ.

    ]]>
    Mon, 03 Jul 2023 19:15:25 +0500 ހީރަސްނިއުސް
    ރަތްލާޖެހި މުލު ވަގަކަށް ހުއްޓުވޭނީ ކޮން މުންކަރާތެއް! https://heerasnews.com/1584 https://heerasnews.com/1584

    މިއަދު މެންދުރު ފަހު ދިވެހިރާއްޖެ ދިވެހިންނަށް ހޯދައިދީ ދިވެހިންގެ ވެރިކަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ބުނެފިއެވެ. އާދަމް ޝަރީފް ރޭ ކުރި ޓްވީޓެއްގައި މިހެން ބުނުމުން އޭނާގެ ބުއްދި ފިލާ ގޮސްފައިވާ ކަމާ މެދު ސުވާލު އުފެދެއެވެ. 

    އޭނާ ބުނާ ގޮތުން މިއަދު ފަށާ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތަކީ އިސްލާމީ ހަޒާރަތާއި އިސްލާމީ ސަގާފަތް ދިރުވުމުގެ ހަރަކާތެވެ. ފާސިގުކަމާއި މުންކަރާތްތަކާ ދެކޮޅަށް ހިންގާ ހަރަކާތެކެވެ. ގައުމުގެ މިނިވަންކަން ދިފާއު ކުރުމުގެ މަސައްކަތެވެ. 

    އަންތަރީސް ވާހާވެއެވެ. 2013 އިން 2018އަށް މި ރާއްޖޭގައި ވެރިކަން ކުރީ އެ ބުނާ ޔާމީނެކެވެ. ތަޅާފޮޅުމާއި މާރާމާރީއާއި ވައްކަމާއި ހިޔާނާތާއި ފޭރުމުގައި ޔާމީނުގެ އެ ފަސް އަހަރު ރޭޓް އެހެން ހުރިހާ ވެރިކަމަކަށް ވުރެ މައްޗެވެ. މީހުން މެރުމުގެ ރެކޯޑްވެސް އޮތީ އެ ވެރިކަމުގައެވެ. ޑްރަގް އެތެރެކުރުމާއި ވިއްކުމާ ބޭނުން ކުރުމުގައި އެހެން ވެރިކަންތަކަށް ގޮން ޖަހާލާ ވަރަށް ވަނީ ޔާމީނުގެ ވެރިކަމުގައި ކުރިއަރާ ގޮސްފައެވެ. ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ފެތުރިގެން ދިޔައީ އެވެރި ކަމުގައެވެ. އިސްލާމީ ހަޒާރަތު ނަގަހައްޓާ ދިރުވަން ސިނަމާލެ ބުރިޖު ކޮޅުގައި މުންނާރު މޮނިއުމެންޓެއް ބެހެއްޓައިގެން އިސްލާމީ ހަޒާރަތު ދެއްކުނީމާ ނިމުނީއެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި މި ސަރުކާރުން މިސްކިތް އެޅިވަރާ ގާތަށް ވެސް ޔާމީނު ވެރިކަމުގައި މިސްކިތް ބިނާ ކޮށްފައެއް ނެތެވެ. ޔާމީނު އިސްވެ ހުރެ އޭކަން ގެނެސްގެން ގައުމީ ފެންވަރުގައި ބަރަހަނާ ޑާންސް ކުރުވުން އެއީ އިސްލާމީ ސަގާފަތު ދިރުވުން ކަމަށްވަންޏާ އެ ސަގާފަތެއް ދިވެހިން ބޭނުމެއް ނުވެއެވެ. 

    ދައުލަތުގެ ހަޒާނާ އަމިއްލަ ޖީބަށް ކަހާލައިގެން ކުށް ސާބިތުވެފައިވާ ބޮޑު ވަގަކު މައުސޫމަކަށް ހަދަން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެއެވެ. ހިޔާނަތާއި ވައްކަމުގައި ހައްދެއް ނެތް މީހަކު މަތި މައްޗަށް ދޮގު ހަދައިގެން ޝަރީއަތަށް އޮޅުވާލައި ވައްކަމުން ބަރީއަވުމަށް ދޮގުހެކި އުފައްދައި ރެކެން އުޅޭ ރަތްލާޖެހި މުލު ވަގަކަށް ހުއްޓުވޭނީ ކޮން މުންކަރާތެއް ހެއްޔެވެ. ގާނޫނާއި އިސްލާމީ ޝަރީއަތާއި ހިލާފަށް ދައުލަތް ދަވާލައިގެން ހުރެ އިތުރަށް ދައުލަތް ދަވާލަން ދީން އައްޑަނައަކަށް ނެގިޔަސް ޔާމީނުގެ ވަގުކަމާއި ބޮޑާކަމާއި އަނިޔާވެރިކަން ދިވެހިން ދަނެއެވެ. 

    އާދަން ޝަރީފު ބުނާ ގޮތުން ދިވެހިރާއްޖޭގެ ވެރިކަމުގައި މިހާރު ތިބީކީ ދިވެހިންނެއް ނޫނެވެ. އާދަމް ޝަރީފުގެ ހަމާގައި ދިވެއްސަކީ ހަމަ އެކަނި ޔާމީނެވެ. ޔާމީނު ވެރިކަމުގައި ނެތިއްޔާ ރާއްޖެ އޮންނާނީ އަޅުވެތިކަމުގައެވެ. ޔާމީނު ވެރިކަމުގައި ނެތިއްޔާ މިސްކިތްތަކުން ބަންގި ނުގޮވާ ހެއްޔެވެ. ނަމާދު ގާއިމެއް ނުކުރޭނެހެއްވެ. އީދެއް ރޯދައެއް ނާދޭ ހެއްޔެވެ. ހުކުރެއް ހައްޖެއްވެސް ނާންނާނެ ހެއްޔެވެ.

    ބުނަން ހެއްޔެވެ. މާ ގޮތް ދައްކާނެ ކަމެއްނެތެވެ. އާދަނުމެން ތިޔަޖަހާ ސަކަރާތެއް ތިޔަ ޖަހަނީ ޔާމީނު މިނިވަންކޮށް ވެރިކަން ހޯދާދޭކަށް ނޫނެވެ. ޔާމީނުގެ މުއްޕަތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަން އެންމެން އެންމެނާ ގައިވީދަނީއެވެ. ތިޔައިގެ ތެރެއަކު ޔާމީނު މިނިވަންކުރަން އުޅޭ ހަމަ އެކަކު ނެތެވެ.  

    ]]>
    Mon, 03 Jul 2023 13:01:57 +0500 ހީރަސްނިއުސް
    އަނެއްކާވެސް ޔާމީނު އިދިކޮޅަށް އެދިނީ ވަރުގަދަ ކެއްސެއް! https://heerasnews.com/1567 https://heerasnews.com/1567 އަނހާ ސަހަރޯއެވެ. ބަލި ގަބޫލު ތިޔަ ކުރީ ހާދަ އަވަހަކަށެވެ. އިންތިހާބު އަދި ބޭއްވީއެއް ނޫނެވެ. އިދިކޮޅު އެންމެން އެކުވެގެން އަނެއްކާވެސް ފުއްގަޑެއް ހިލާލީތާއެވެ. އެކަމަކު ބަލި ތިޔަ ގަބޫލު ކުރަނީ މާ އަވަހަށެވެ. 

    މިހާރަކީ ވަރަށް ޑިމޮކްރެޓިކް އިރެކެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ބަސްބުނެ އަޑު އުފުލާ ދެކޮޅު ހެދުމުގެ ހައްގު އޮވެއެވެ. އިލެކްޝަންގައި އެތިބީވެސް ވަރަށް މުސްތަގިއްލު ބައެކެވެ. ރިޔާސަތުން ކިޔާހާ ލަވަޔަކަށް އެމީހުން ނުނަށާނެއެވެ. އިލެކްޝަން ކޮމިޝަންގެ ޖަލްސާއެއްގައި ކަން ހިނގިގޮތާ ހިލާފަށް ކޮމިޝަނުގެ ރައީސް ބޭނުން ބައްޓަމަކަށް ވާހަކަ ހަދަހަދައިގެން ދެއްކީމާ އެ މީހުނަށް ކޮމިޝަންގެ ރައީސާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ހައްގު އެބައޮތެވެ. ރިޔާސަތުން ޖެހޭނީ އަގުލަބިއްޔަތަށް ބޯލަނބާށެވެ. ނޫނީ އިސްތިއުފާ ދޭށެވެ. ޑިމޮކްރެޓިކް ހަމަޔަކީ އެއީއެވެ. 

    އެހެނެކޭ ކިޔާ އެ ކޮމިޝަނުން ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ނިންމަން އަދި މާއަވަހެވެ. ކުރިޔާލާ އިދިކޮޅު ޕާޓީތަކުން ތިޔަހެން ކިޔާލަ ކިޔާލާ ތިބޭށެވެ. ހުތުރު ބައްޔަކުން ތިޔަ އެންމެން ވަނީ ބައްޔެވެ. ރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތަކީ އެއީއެވެ. އިދިކޮޅޭ ތިޔަ ކިޔައިގެން އުޅޭ މީހުންގެ ތެރޭގައި މީހަކަށް ދޫކުރާނެ މީހަކު ނެތެވެ. އެންމެން ވެސް ވެރިކަން ލައްކަ ބޭނުމެވެ. ގައުމޭ ރައްޔިތުންނޭ ކިޔަނީ ރައްޔިތުންނަށް އޮޅުވާލާށެވެ. 

    ހަމަ ހުވައެވެ. މިއަދު ޔާމީނު އެދެއްވި މެސެޖުން އެހެން އެންމެން ތިބޭނީ ބަނޑު ނުބައިވެފައެވެ. ފަހަތަށް ޖެހި ޔާމީނު ފަހަތަށް އަރައިގެން ޔާމީނަށް ވެރިކަން ހޯދާދޭކަށް ގާސިމެއް ނާޒިމެއް ނުނިކުންނާނެއެވެ. އަމްދުން ނަޝީދެއް އެކަމެއް ނުކުރާނެއެވެ. ނަޝީދު ޕީޕީއެމް - ޕީއެންސީއަށް ވެސް ހުށަހަޅާނީ ގާސިމަށް ވެސް ހުށަހެޅި ހުށަހެޅުމެވެ. އެއަށް ރުހި ނަޝީދަށް ދައުލަތް ހިންގަން ދޫކޮށްލަން ޔާމީނު ބޭނުން ނުވާކަން މިއަދު ޔާމީނު ދިން މެސެޖުން ސާފެވެ. 

    މިނިވަންވެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމުގެ ޔަގީންކަން ނެތް އިރުވެސް ޔާމީނު ވެސް އެ ހުރީކީ އިދިކޮޅުގައި އުޅޭ އެހެން މީހެއްގެ ފަހަތަށް ޕީޕީއެމް- ޕީއެންސީ އަރުވާ މޫޑެއްގައެއް ނޫނެވެ. އަދި ޕީޕީއެމުގެ އެހެން މީހަކަށް ޓިކެޓް ދޭ މޫޑެއްގައެއް ވެސް ނޫނެވެ. އިދިކޮޅުގައި އޮތީ އެ މީހަކާ އެމީހެކެވެ. އެހެން ތިބެގެން ބަލިވާނެކަން އެނގޭ އިރުވެސް ބޫތުކައިފަ ތިބި ވަރުން އެ ތިބިއްޔަކީ ދޫ ދޭ ގޮތަކަށް ނޫނެވެ. 

    އިދިކޮޅުން ވިއްކާން އުޅުނު އިންޑިއާ އައުޓެއް ނުވިކުނެވެ. ހަރާން ހުކުމެއް ނުހިނގިއެވެ. ކަނޑު ވިއްކުމެއް ޗާގޯހެއް ވަޔަކު ނުހިފިއެވެ. ރައްޔިތުންނަށް ވިއްކަން އިދިކޮޅުން ބޮލަށް ލައިގެން ނިކުންނަ އެއްވެސް އެއްޗެއް ނުވިކި އިންތިހާބު އައިސް ބޯމަތިވުމުން އެންމެ ފަހުން ނުބައި ކުރަން އެ ނިކުތީ އިލެކްޝަންސް ކޮމިޝަނެވެ. އިލެކްޝަން ގޯސްވެ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ހީވަންޏާ އިންތިހާބަށް ނުނިކުމެ ތިބޭށެވެ. އިލެކްޝަންސް ކަމިޝަން ގަބޫލުކުރާ ބަޔަކު އިންތިހާބުގައި ވާދަކޮށްފާނެ ނޫން ހެއްޔެވެ.

    ރާއްޖޭގެ ގާނޫނުތައް ހުރިގޮތުން އިލެކްޝަން ކޮމިޝަނަކީ ވެސް ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަނު ކުރާ ބައެކެވެ. މިހާރު އޮތް އިލެކްޝަން ކޮމިޝަން އެއްކޮށް ބަދަލު ކުރިޔަސް ދެންވެސް އަންނާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީން ފާސްކުރާ ބައެކެވެ. ޕީޕީއެމާއި ޑިމޮކްރޭޓުން ބޭނުންހާ ގޮތަކަށް ކަންކަން ކުރެވޭ ވަރުގެ ހަކަތައެއް އެ މީހުންގައި ނެތެވެ. ފެންނަން ހުރި ހުރިހާ ހަގީގަތަކުން ރާއްޖޭގެ މެޖޯރިޓީ އޮތް ގޮތް އެބަ ސާފުވޭ ނޫން ހެއްޔެވެ.

    ވަކި ބަޔަކު ބޭނުން ވާހާ ގޮތަކަށް ކަމެއްވުން ލަސްވެލާ އިރަށް ތިބިއްޔާ ތިބި ބަޔަކަށް ކުނި ހުތުރު އެއްޗެހި ކިޔާ މީހުންގެ އިއްޒަތުން ނަފްސް ކަތިލުމަކީ އިދިކޮޅުގެ އާދައެވެ. އިލެކްޝަނާ އެންޓި-ކޮރަޕްޝަނާ ހިއުމަންރައިޓްސް ފަދަ ހުރިހާ ކަމިޝަނެއްގައި ވެސް އެ ތިބީ ދިވެހި ރައްޔިތުންނެވެ. އެ މީހުންގެ ކަރާމާތާ އިއްޒަތް ނަގާލަމުން އެ ހުންނަނީ ސިޔާސީ ކަންކަމޭ ބުނެ އެ މީހުންގެ ގާތަށް ގޮސް ވޯޓު ދޭން އެދުނީމާ ކަނޑާފައި ދޭނީ ކިތައްފުޅި ކަމެއް ނޭނގެއެވެ.

    އިދިކޮޅުން ބޮޑެތި ޕްރެސް ކޮންފަރެންސް ބައްވައިގެން ދެ އިރު ދެ ދަޅައަށް އަވައްޓެރި ގައުމުތަކަށާއި ރައްޔިތުންގެ އެތައް ބަޔަކަށް އާޑަ ފުރައްސާރަ ކުރުމުގެ ހިތި އިދިކޮޅަށް ފެނިގެން ދާނީ ފިސާރި ހުތުރު ކޮށެވެ. އެންމެ ފަހުން މަސް ނުބޭވުނީމާ ނުބައި ވާނީ ކަނޑެވެ.

    އިދިކޮޅު އެއް ބަޔަކު އަނެއް ބަޔަކަށް ދޫ ނުދޭވަރު އެބަ ފެނެއެވެ. ޗާގޯހާއި ކަނޑުގެ ވާހަކަ ފެށުމުން މުނައްވަރު އިދިކޮޅުގެ ލީޑް ނަގާތަން ފެނުމުން ލަވަ ބަދަލުކޮށްލީއެވެ. އެކި ފަހަރު މަތިން އެކިގޮތަށް ކުޅުނުހާ ކުޅި އަތަށް ގޮވާ އިދިކޮޅުން ކުޅޭނެ ކުޅި ހުސްވެ ގޮތް ހުސްވެގެން އެންމެފަހުން ހަމަލަ އެދެނީ އިލެކްޝަނަށެވެ. އެ ދަނޑިވަޅު ޔާމީނު އެދިން މެސެޖުން ގާސިމާ ނަޝީދާ ނާޒިމު ބޮލަށް ފިތާލާފައިވާ ތާވަޅައެއްހެން އެނބުރިގަންނަނީ ކިހނެއް ކަމެއްވެސް ނޭނގެއެވެ.

    ]]>
    Sun, 25 Jun 2023 21:45:04 +0500 ހީރަސްނިއުސް
    އަމީނަށް: ވާވެއްދިފަޅު ވިއްކަނީ ކެންޕެއިނަށް ފައިސާނެތިގެން؟ https://heerasnews.com/1562 https://heerasnews.com/1562 ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް ގެނެވުނީތީ މިއަދު ލަދުގަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރުކަން ކުރާ އަމީން އިބްރާހިމް ބުނީމާ އަންނަނީ ހިންޏެވެ. މި ސަރުކާރު ގެންނަން އަމީނު ކުރި ކަމެއް ދެނަހުރި މީހަކު އުޑުބަޅުކުރެއްވި ހިސާބުގައި ނެތެވެ. މޭޑޭގެ ދުވަހު މަތިހަށި ނަގާފައި ފުމެފުމެފާ ބިރުން ފިލާ ރައްކާވެގެން އިނގިރޭސި ވިލާތުގައި ހޯލި މުގުރަން ބޮނދާ އޮވެފައި އައިސް ދުފާ އެއްޗިއްސޭ ނުކިޔާށެވެ.   

    މަތް ކަލާކޯއެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރިއިރު ވިޔަފާރިވެރިންނަށް އަނިޔާ ކުރާ ވާހަކައެއް މީހަކު ނުދައްކައެވެ. ޔާމީނު ވެރިކަމުގައި ވިޔަފާރިވެރި އަކު ޖަލަށް ލައިގެން އެކަން ބޮޑުވެގެނެއް ނޫޅެއެވެ. އޭރު މީހުން ކަން ބޮޑު ވެގެން އުޅުނީ އިދިކޮޅު ސިޔާސީ ވެރިން ހައްޔަރުކޮށް އަދަބު ދޭތީއެވެ. ފަނޑިޔާރުން ހައްޔަރު ކޮށްގެން އުޅޭތީއެވެ. މަޖިލީހުގެ ފާރުމަތިން މެންބަރުން އުކާލައިގެންނެވެ. ރާއްޖޭގައި ނެތް ކުއްލި ހާލަތެއް އިއުލާނު ކޮށްގެންނެވެ. 

    ރާއްޖޭގައި މަސްހޫރު އެތައް ވިޔަފާރި ވެރިންނެއް އޭރުވެސް މިހާރުވެސް އެބައުޅެއެވެ، ޗަންޕާ ބްރަދާރސްއާއި ކޮލިގޭ މަހުޖަނުންނާއި ސަންޓްރެވަލާއި ކްރޯން ނަޒީރުމެން ކަހަލަ ކިތަންމެ ކިތަންމެ ބަޔެކެވެ. އެކި ފަންތީގެ އެކި ވަރުގެ މަހުޖަނުން އެބަ ތިއްބެވެ. އެ މީހުނަށް ދަތިކޮށް ޖެއްސުންކޮށް އަނިޔާ ކޮށްގެން މީހަކު ނޫޅެއެވެ. އެކަމާ ކަން ބޮޑު ވެގެން އެ މީހުން އުޅެނީ ހިނގާ ކަމެއް ނަމަތާއެވެ. އިނގިރޭސި ވިލާތުގައި ބޮނދާ އޮތް މީހަކަށް ވީނުވީއެއް ނޭނގޭނެތާއެވެ. 

    ސިޔާސީ ބޭނުމުގައި ފައިސާ ބޭނުންކޮށްގެން ނާޖާއިޒު ކަންކަން ކުރާ މީހެއްގެ ގޮތުގައި ގާސިމް އޮންނަނީ އަބަދުވެސް މަސްހޫރުވެފައެވެ. ގާސިމްގެ ސިޔާސީ ބަރުވެރި ކަމަކީ އޭނާގެ މުއްސަދިކަމެވެ. ސިޔާސީ ކަންކަމުގައި ފައިސާ އެނބުރުމުގެ ތުހުމަތު އެންމެ ކުޑަކުއްޖަވެސް ގާސިމަށް ކުރާކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އަމްދުން ހޮދު މުހުތާރު ޔާމީނު ކަހަލަ ވެރިއަކު ގާސިމާ މެދު ޗައްކުގެ ނަޒަރުން ނުދެކޭންވީ ސަބަބެއް ނެތްތާއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ގާސިމާ މެދު ކަންކުރިގޮތާ ވާވެއްދިފަޅުގެ މައްސަލައާއި އަޅުވައިގެން ރައީސް ސޯލިހަށް އަނިޔާވެރިއެއް ކަމުގެ އިނގިލި ދިއްކުރަން އެންމެ ރަނގަޅު މީހަކީ އަމީނުމެން ކަހަލަ ގާސިމުގެ ޕަޕެޓުންނެވެ. 

    މި ސަރުކާރުން ބިލިޔަނުން ބަދަލު ހޯދާއިރު ތިޔަބުނާ އަނިޔަވެރިކަން ކޮބާހެއްޔެވެ. ގާސިމު ދެއްކި ބަޔަކު ސަރުކާރުގެ ކެބިނެޓްގައި ވަދެތިބެ ސަރުކާރު ދިފައުނުކޮށް ގާސިމަށް ސައިކުރާ ކައްކާދޭއިރު ތިޔަބުނާ އަނިޔާވެރިކަން ކޮބާހެއްޔެވެ. އެންޓި ކޮރަޕްޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހުއްޓުވި ފުރަތަމަ މުއާމަލަތަކީ ވާވެއްދިފަޅު ވިއްކުމުގެ މުއާމަލާތު ހެއްޔެވެ. ކަންކޮންމެ ގޮތަކަށް އޮތަސް ގަސިމު ކުރަން ބެނުންވަކަމެއް ބެނުންހާ ގޮތަކަށް ނުކުރެވުމަކީ ސަރުކާރުން ވިލާ ކުންފުންޏަށް ކުރާ ޖެއްސުމަކަށް ދުށުމުން އަމިއްލަ ކަމަކާޖެހުމުން އަދުލު އިންސާފުގެ ކަންފުޅެއްވެސް ގާސިމުމެންގެ ކިބައިގާ ނެތްކަން ކަށަވަރުވެއެވެ. ގާސިމު ބޭނުން ނުވާގޮތަކަށް ސަރުކާރުން ކަމެއް ކުރާ ކޮންމެ ފަހަރަކީ ސަރުކާރުގެ ކަރަށް މަޅިއެއް ފައްތާ ބާރުކޮށްލާ ބާރުކޮށްލުމެއް ކަމަށް އަމީނަށް ހީވަންޏާ ރައްޔިތުންނޭ ގައުމޭ ކިޔައިގެން އަމީރު އަމީނު ނުހެދި ވަލުހޭޅީން ހޯލި މުގުރަން އުޅޭށެވެ. 

    ވިލާ ގްރޫޕްގެ ސިޔާސީ ވިންގުން ވިލާ ކުންފުންޏަށް ވިޔަފާރި ހޯދަދަން ދައުލަތު މިލްކިއްޔާތު ނަހަމަ ގޮތުގައި ކުރިއްސުރެ ބޭނުން ކުރި ކުރުން ހުއްޓުވުމަކީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް މަގުސަދެވެ. މި ސަރުކާރަކުން ވޯޓު ހޯދަން ވިލާ ކިއްކުރަން ހެއްޔެވެ. އެހެން ބަޔަކަށް ވެސް ފުރައްސާރައެއް ނުކުރާނެއެވެ. ވޯޓު ލިބުނަސް ނުލިބުނަސް ދައުލަތުގެ މިލްކިއްޔާތު ހިމަޔަތްކުރުމުގައި މި ސަރުކާރު ފަހަތަކަށް ނުޖެހޭނެއެވެ. އަމީނު ހިތަމައިން ރޮއި ހޭރި ވެއްޓިފުރޮޅި ގަންނާނެއްބަ ގޮވިޔަސް ފަރުވާލެއް ނެތެވެ. އަމީނު ލަދުން ދެފައިކައިރި ނުވެފާ ހުއްޓަސް ކުރާނެ ކަމެއް ނެތެވެ. 

    ވާވެއްދިފަޅު ވިއްކާ ނުލެވިގެން ތިޔަހާ ވަރަކުން ތިޔަ އުޅެނީ ގާސިމުގެ ރިޔާސީ ކެންޕެއިނަށް ބޭނުންވާ ވަރަށް ފައިސާ ނެތިގެންނެކޭ ބުނާކަން ނެތީމެވެ. ވާވެއްދިފަޅު ވިއްކަލާ ބޮޑު ތުޖޫރީ ދޮރުފަތް ނައްޓާލައިގެން ގާސިމް ކެންޕޭނު ކުރިޔަސް އަމީނުމެންގެ ދެ އިނގިލި ދޭތެރެއިން ފޭދިގެން ވެސް ރައްޔިތަކާ ހަމަޔަށް ކަންފުޅެއް ވާނެޔެކޭ ހީއެއް ނުވެއެވެ. މީގެ ކުރިއަކުންވެސް ވީއެއް ނޫނެވެ. 

    ބުނަން ހެއްޔެވެ. ކޮންމެހެން މި ސަރުކާރު ބަދަލު ކުރަން އަމީނުމެންނަށް ޖެހިގެން ތިޔަ އުޅެނީ ވިޔަފާރި ވެރިންނަށް އަނިޔާ ކުރަތީއޭ ނުކިޔާށެވެ. މި ސަރުކާރު ބަދަލު ކުރަން އަމީނުމެނަށް މިހާރު ޖެހިގެން ތިޔަ އުޅެނީ މުޅި ދައުލަތް ގާސިމް އިބްރަހީމް ކިހިލި ޖަހާލަން ބޭނުން ވާތީއޭ ބުނިއްޔާ މާތާހިރުވާނެއެވެ. 

    ]]>
    Sun, 25 Jun 2023 02:36:32 +0500 ހީރަސްނިއުސް
    ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދައެއް ނުކުރާނެ! https://heerasnews.com/1558 https://heerasnews.com/1558 އަދުރޭ އެ ބުނަނީ ވަރަށް ބޮޑު ތެދެކެވެ. މި ފަހަރަކީ ޕީޕީއެމްގެ ފަހަރެއް ނޫނެވެ. މި ފަހަރު ޕީޕީއެމަކުން ކެންޑިޑޭޓެއް ނުނިކުންނާނެއެވެ. ޕީޕީއެމާއި ޕީއެންސީ އޮތީ ރައީސް ޔާމީނުގެ ޓްރެކްގައެވެ. ރައީސް ޔާމީނު ހުންނެވީ ޕީޕީއެމް މިނިކާ ބާޒަކަށް ދެއްވާ ގޮތަކަށް ނޫނެވެ. 

    ރައީސް ޔާމީނުގެ ފަހަރަކީ 2028 އެވެ. ރައީސް ޔާމީނު ޖަލުން ނިކުމެ ވަޑައިގަތުމަށް އެ ޕާޓީން މީހަކަށް ރިޔާސީ ޓިކެޓް ދީގެން އެމީހާ ވެރިކަމަށް ގެންނާކަށް ރައީސް ޔާމީނު ބޭނުންފުޅެއް ނުވެއެވެ. ރައީސް ޔާމީނު ނޫން މީހަކު ޕީޕީއެމްގެ ތެރެއިން ވެރިކަމަށް ގެނެސްގެން އެ މީހާގެ މުށުތެރެއަށް ޕާޓީ ވައްޓާލައްވައިގެން އެ މީހާ ބާރުވެރިކޮށް ދެއްވަން އެ މީހާގެ ފަހަތުގައި ހުންނަވާކަށް ރައީސް ޔާމީނު ހިތްޕުޅަކާ ނުވެއެވެ. 

    ރައީސް ޔާމީނުގެ ހިޔަނީގައި މީހަކު ވެރިކަމަށް ގެނެސްގެން ޖަލުން ނިކުމެ ވަޑައިގެންނެވުނަސް 2028 އާއި ހަމައަށް ރައީސް ޔާމީނު ހުންނަވަން ޖެހި ވަޑައިގަންނަ ވާނީ ހުސް އަތާ އެހެން މީހަކަށް ހޭހަން ކޮށްދެއްވާށެވެ. އެހާ ތަނަށް އަންނައިރު ވެރިކަމުގައި ހުރި މީހަކު ބާރުވެރިވެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހުވަފެނުން ވެސް ފެނިވަޑައިނުގަންނަވާނެ ކަން ރައީސް ޔާމީނަށް އެނގިވަޑައި ގަންނަވައެވެ. 

    ޕީޕީއެމްގެ ކެންޑިޑޭޓެއް ނުނެރި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ފަދަ ވެރިކަން ނޫން ކަމެއް ބޭނުންފުޅު ނުވާ ބޭފުޅެއްގެ ފަހަތަށް ޕީޕީއެމް އަރާ އެއިން ބޭފުޅަކަށް ވެރިކަން ހޯދާ ދެއްވުމަށް ވުރެ ރައީސް ސޯލިހާ ބައިއަތު ހިފުންވެސް ރައީސް ޔާމީނަށް ފައިދާ ބޮޑެވެ. އެހެނީ ރައީސް ސޯލިހު މީހާރު ފައިނަންގަވައިގެން އެ ހުންނެވީ އެމަނިކުފާނުގެ ދެވަނަ ދައުރަށް ކަމުން 2028ގައި ރައީސް ސޯލިހަށް ވާދަކުރެއްވުމުގެ ފުރުސަތު ނެތުމަކީ ރައީސް ޔާމީނަށް ހެޔޮފާލެކެވެ. 

    ހިނގަމުންދާ ޝަރީއަތްތައް ކޮޅެއްގައި ޖެހި ނިމޭ އިރު މިނިވަންވެ ވަޑައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ އުންމީދު ރައީސް ޔާމީނަށް ވަރަށް ކުޑަކަން ހޮދު އެ މަނިކުފާނު ވެސް ގަބޫލު ކުރައްވައެވެ. އެހެން ކަމުން "ސޭފް އެގްޒިޓް"އެއް ރައީސް ޔާމީނަށް އޮތީ ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި މީހަކު ނުނެރުމުންނެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް އިންތިހާބު ވުމަށް ފުރުސަތ ދެއްވުމަށް ވުރެ ފަހި އެއްވެސް ގޮތެއް މި ހާލަތުގައި ރައީސް ޔާމީނަކަށް ނެތެވެ. 

    ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ކްލަމެންސީގެ ތެރެއިން ރައީސް ޔާމީނަށް މިނިވަންވެ ވަޑައިގަތުމުގެ ފުރުސަތު ބޮޑެވެ. ވެރިކަމުގައި ހުންނެވީ ޕީޕީއެމްގެ މީހެއް ނޫން ކަމުން ޕީޕީއެމް، ޕީޕީއެމްގެ ގޮތުގައި ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެއެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރުކަން ނުގެއްލި އަތްޕުޅު މަތީގައި އޮންނާނެއެވެ. އިދިކޮޅު ލީޑަރުގެ ގޮތުގައި 2028 އަށް ފިސާރި ރަނގަޅަށް ތައްޔާރުވެ ވަޑައިގެންނެވޭނެއެވެ. ވަކި ސިޔާސީ މީހެއްގެ ދެލިފޭލި އުފައްލަވަން އެންމެ ހިނދުކޮޅަކުވެސް ރައީސް ޔާމީނު ހުންނަވާކަށް ނުޖެހޭނެއެވެ. އަދުރޭމެން ނުސީދާކޮށް އެ ދައްކަވަނީ ހަމަ އެ ވާހަކައެވެ.  

    ]]>
    Fri, 23 Jun 2023 21:04:10 +0500 ހީރަސްނިއުސް
    އެޖެންޓް އަފީފާ މަޖިލީހުގެ ތަޅުން https://heerasnews.com/1536 https://heerasnews.com/1536 އަމިއްލަ މަންފާއެއް ހާސިލް ކުރުމަށް އެ ބުނާ 13 މެންބަރަކު ތިބީ އިއްޒަތްތެރިކަމާއެކުއެވެ. 13 މެމްބަރުންނަކީ ވެސް އެ ދާއިރާތަކަށް އެންމެ ހަރާންކޯރު ތޭރަ މެމްބަރުންނެވެ. އިއްޒަތްތެރިކަމާއެކު ގަދަބާރުން ހުރިހާކަމެއް ވެސް ކުރައްވާށެވެ. ގަދަރުވެރިކަމާއެކު ތިމާ ބޭނުން ގޮތަކަށް ކަންކަން ހިންގުމަށެވެ. ރުޅިވެރިކަމާއި، ފަޓުލޫނާއި، ދުފާއެއްޗެހީގެ ވާހަކަވެސް ދެކެވެނީ ގެއްލެން އޮތް އެއްޗެއްގެ ބޮޑުކަމުންނެވެ. ކަންވާނީ ވެސް އެހެންނެވެ. އެއްޗެއް ގެއްލިގެންދާ އިރު އެ އެއްޗެއްގެ އަގުވެސް އެނގެއެވެ. 

    ޖަލްސާގައި އާޒިމް އެހާ ވަރަށް އަވަގުރާނަ ގޮވި އިރު، ރިޔާސަތުން އިންނެވީ މެންބަރު މޮސްޓާ ވިދާޅުވިހެން މަކުނު ސައްކެޔޮ ގަހަށް އަރާ އިންނަ ގޮތަށެވެ. މާދުރުގައި ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތަށް މަޖިލީހުގެ ނިޒާމް ގެއްލުވާލަން ފުރުސަތު ދީގެންނެވެ. އަދި މަންޒަރު ބަލައިގެން އަތްޖައްސަވާށެވެ.

    މުޅި ގައުމު ފާލުން ނައްޓުވާލުމަށް ކުރާ މަސަތްކަތަކީ ރައީސް ނަސީދުގެ އެޖެންޓެއްގެ ހައިސިއްޔަތުން އަފީފު އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ މަސަތްކަތެކެވެ. "އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގައި ބަސްމޮށުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، މަޖިލީހާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް" މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކަމުން ގެންދާ ވާހަކައެއް ހުއްޓާލުމަށް ރިޔާސަތަކަށް ނުއެންގޭނެއެވެ. އެކަހެނަސް އެޔާހިލާފަށް ބަސްމަގު ހުރެއްޖެނަމަ ވަގުތުން ހުއްޓުވަން ޖެހެއެވެ. 

    ރިވެތި ހަމަޔާ އުސޫލު އޮޅާލާ މަޖިލސް 13 މެންބަރުންގެ ނާޗަރަންގީ ހޯލަކަށް ބަދަލުކުރުމުގައި އެޖެންޓް އަފީފް އިންނަވަނީ ނިންމާލުމުގެ އަމރުގެ ކޯލު އަންނަން ދެނެވެ. ނިޒާމީ ނުކުތާތަކަށް ފުރުސަތު  ދީގެން މަޖިލީސްގެ ކަރާމާތައް އަރައިގަންނަން އަފީފު ފުރުސަތު ދެއްވަމުންނެވެ. 13 މެމްބަރަކު ބޭނުންވާ ގޮތަށެވެ.

    ]]>
    Mon, 19 Jun 2023 19:06:17 +0500 ޒުރޫ
    ބާރާއި ނުފޫޒު ހޯދުމަށް ސަރުކާރާ ދެކޮޅަށްނުކުތުން https://heerasnews.com/1535 https://heerasnews.com/1535 ބާރާއި ނުފޫޒަށްޓަކައި ސަރުކާރާ ދެކޮޅަށް ނުކުތުމަކީ ގިނަ ފަހަރަށް ނުރައްކާތަކާއި ޔަގީންކަން ނެތް ކަންތައްތަކުން ފުރިފައިވާ ކޮމްޕްލެކްސް އަދި ގޮންޖެހުންތަކެއް ހުރި މަސައްކަތަކަށް ވެދާނެއެވެ. ފާހަގަ ކުރުން މުހިންމީ ބާރާއި ނުފޫޒަށްޓަކައި ސަރުކާރަކާ ދެކޮޅުހެދުމަކީ ގާނޫނީ އަދި އަޚްލާޤީ ގޮތުން ފައިދާތަކެއް ކުރާނެ ކަމެއް ނޫންކަމެވެ. 

    ސަރުކާރުގެ ބާރަށް ގޮންޖަހާލުމަކީ، ސަރުކާރުގެ ސިޔާސަތުތަކާއި، ނިންމުންތަކާއި، ނުވަތަ އަމަލުތަކާ މެދު ސުވާލު އުފެއްދުމަށް ނުވަތަ އެކަމަށް ފުރައްސާރަ ކުރުމަށް ތިމާގެ ހިތުން ވަރުގަދައަށް ގަބޫލު ކުރެވޭ ގަބޫލު ކުރުމެކެވެ. ހާލަތަށް ބަލާފައި ސުލްހަވެރި މުޒާހަރާތަކާއި، މަދަނީ ނުކިޔަމަންތެރިކަމާއި، ގާނޫނީ ގޮންޖެހުންތަކާއި، ނުވަތަ ހަތިޔާރާއެކު ދެކޮޅުވެރިވުން ފަދަ ތަފާތު ގޮތްގޮތަށް އިދިކޮޅު ފަރާތްތައް ދެކޮޅުވެރި އަމަލުކުރެއެވެ.

    ސަރުކާރާ ދެކޮޅަށް އިދިކޮޅު ކަންކަމުގައި ބައިވެރިވުމަކީ ވަކިވަކި ފަރުދުން ނުވަތަ ޖަމާއަތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. މި ނުރައްކާތަކުގެ ތެރޭގައި ޖިސްމާނީ ގެއްލުން، ޖަލަށްލުން، ދިރިއުޅުމުގެ ވަސީލަތްތައް ގެއްލުމާއި، ތިމާގެ އަމިއްލަ އަބުރާއި، ނުވަތަ އަމިއްލަ ގުޅުން ތަކަށް ގެއްލުން ލިބުން ހިމެނެއެވެ. ގިނަ ފަހަރަށް ސަރުކާރުތަކުގެ އަތްމަތީގައި ގިނަ ވަސީލަތްތަކާއި ބާރެއް ހުރުމުން، ސަރުކާރުތަކަށް ފައިދާހުރި ގޮތެއްގައި ގޮންޖަހާލުމަކީ ދަތިކަމެކެވެ.

    އެއްގޮތް ކަންބޮޑުވުންތަކެއް ނުވަތަ ލަނޑުދަނޑިތަކެއް ހިއްސާކުރާ އެއް ވިސްނުމެއްގެ ފަރުދުން ނުވަތަ ޖަމިއްޔާތަކުގެ ނެޓްވޯކެއް ބިނާކުރުމަކީ ބާރާއި އެއްބާރުލުން ލިބިގެންދާނެ ކަމެކެވެ. އިއްތިހާދުގެ ގައުމުތަކަށް އެހީތެރިކަމާއި ވަސީލަތްތަކާއި ތަޖުރިބާއާއި ރައްކާތެރިކަން ފޯރުކޮށްދީ، އިދިކޮޅު ހަރަކާތުގެ ފައިދާއާއި އަސަރު އިތުރު ކުރެވޭނެއެވެ. ސްޓްރެޓެޖީތަކާއި އުކުޅުތަކުގެ މަޤްޞަދުތަކަށް ބަލާއިރު ތަފާތު ސްޓްރެޓެޖީތަކާއި އުކުޅުތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި މީޑިއާ ކެމްޕޭންތަކުގެ ތެރެއިން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އާންމު ޚިޔާލު އެއްކުރުމާއި، ގާނޫނީ ހަނގުރާމަ ތަކުގައި ބައިވެރިވުމާއި، ސިޔާސަތަށް ބަދަލު ގެނައުމަށް ލޮބީކުރުމާއި، ނުވަތަ އިންތިޚާބު ތަކުން ނުވަތަ އެ ނޫން ވެސް ގޮތް ގޮތުން ސިޔާސީ ބާރު ހީވާގިކަމާއެކު ހޯދުން ހިމެނެއެވެ.

    ސިޔާސީ މޫސުމާއި އާންމުންގެ ތަސައްވުރަށް ނަޒަރު ހިންގާލާއިރު ސަރުކާރާ ދެކޮޅުހެދުމުގެ ކާމިޔާބީ ނުވަތަ ނާކާމިޔާބީއަށް ނުފޫޒު ފޯރުވޭނީ އޮތް ސިޔާސީ މާހައުލާއި އާންމު ރައްޔިތުންގެ ތަސައްވުރުގެ ސަބަބުންނެވެ. އާންމުންގެ ތާއީދާއި ހަމްދަރުދީއާއި، މީޑިއާ ކަވަރޭޖާއި، ބައިނަލްއަޤްވާމީ ޚިޔާލާއި، އާބާދީގެ ޖުމްލަ މޫޑުން މިފަދަ މަސައްކަތްތަކުގެ ނަތީޖާއާއި އަސަރު ބައްޓަން ކުރެވިދާނެއެވެ. 

    އަޚްލާޤީ ގޮތުން ވިސްނަންޖެހޭ ކަންތައްތަކަށް ބަލާއިރު އަމިއްލަ ފައިދާއަށް ނުވަތަ އަމިއްލަ މަސްލަހަތަށްޓަކައި ބާރާއި ނުފޫޒު ހޯދުމުގެ އަޚްލާޤީ ނަތީޖާތަކަށް ވިސްނުން ކޮންމެހެން ބޭނުންތެރިއެވެ. ތިމާގެ މޮޓިވޭޝަންސް ސާފުކޮށް ދެނެގަނެ، ކުރާ އަމަލުތައް އިންސާފުވެރިކަމާއި، އިންސާފާއި، ހެޔޮވެރިކަމުގެ އުސޫލުތަކާ އެއްގޮތްވާކަން ކަށަވަރު ކުރުން މުހިންމެވެ.

    ފާހަގަކޮށްލަންޖެހޭ ކަމަކީ ބާރާއި ނުފޫޒަށް ސަރުކާރާ ދެކޮޅަށް ދިއުމަކީ އޭގެ ޒާތުގައި މަތިވެރި ނުވަތަ ހެޔޮކަމެއް ނޫނެވެ. މިފަދަ އަމަލުތަކުގެ ފަހަތުގައިވާ ސަބަބުތަކާއި އުސޫލުތަކާއި ނިޔަތްތަކުގެ ސަބަބުން އެ އަމަލުތަކުގެ އަޚްލާޤީ އަދި މުޖުތަމަޢަށް ވަރަށް ބޮޑަށް އަސަރު ފޯރުވައެވެ.

    ]]>
    Mon, 19 Jun 2023 19:03:51 +0500 ޒުރޫ
    ޔާމީނު ޓިކެޓް ދުލެއްނުކުރާނެ އަދި ވާދަވެސް ނުކުރާނެ! https://heerasnews.com/1533 https://heerasnews.com/1533 ރައީސް ޔާމީނަށް މާ ހެވެއް އެދިގެން ރައީސް ޔާމީނުގެ ވާހަކަ ދައްކަނީކީ ރައީސް ޔާމީނަށް ވެރިކަން ހޯދާދޭން ނޫންކަން އެންމެނަށްވެސް އެބަ އެނގެއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ފެން ބޮވާފައި ތިބި ވަރުން ރައީސް ޔާމީނުގެ ތާއީދުގައި އެންމެ ފަހު ވަގުތު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިދާނެ ކަމުގެ ހުވަފެނުގައި ފިލިޖަހަނީކަން ނޭނގެނީ ކާކަށް ހެއްޔެވެ. 

    ޕީޕީއެމް ޓިކޮޓް ހޯދައިގެން ވެރިކަމަށް އަންނަން އުޅޭ މީހުން ދެލޯ ފޮހެލާފައި ރަނގަޅަށް ބަލައިލަ ބަލާށެވެ. ވެރިކަމެއް ބަދަލުކޮށްލެވޭ ވަރުގެ ތާއީދެއް ޕީޕީއެމަށް ނެތްކަން ސާފުވާނެއެވެ. ފުއްޕާފައި ނިކުމެ ޖެއްސި އިންޑިއާ އައުޓު ހިނދި އެކަމާ މަގަށް ނިކުންނާނެ މީހަކު ނުވެ ރިޔާސީ ގަރާރަކަށް ފޫޅުކަނޑާ އެކަން ދިޔައީ ތޮޅިއަށެވެ. ގަޓެއް ހުރިނަމަ ރިޔާސީ ގަރާރެއްގެ ދަށުވެ އިދިކޮޅު ހަރަކާތް ބޮކި ޖަހާ އަޑިއަކަށް ނުދާނެއެވެ. ވުޖޫދުގައި ނެތްކަންކަން އުފައްދައިގެން ރައްޔިތުންގެ ލޭ ހޫނުކުރުވަން އުޅުނަސް ދިވެހި ގިނަ ރައްޔިތުންނަށް ވާނުވާ އެނގެއެވެ. 

    ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމާ ގުޅިގެން ޕްރެޝަރ އުފެއްދުމަށާއި ޕީޕީއެމްގެ ތާއީދު ހިފަހައްޓަން ހަރާން ހުކުމުގެ ނަމުގައި ފެށި މަގުމަތީ ހަރަކާތަށް ވަމުންދާ ގޮތް އެބަފެނެއެވެ. ދޮޅަހަކަށް އަންހެނުން ނެރެގެން ކޮންމެ ރެއެއްގެ އިރާދަމުން ބައެއްގައި ޖަހާ ސަކަރާތަށް ވަމުން ދާގޮތް އެބަ ފެނެއެވެ. ވިއްސަކަށް މީހުން ނުތިބެއެވެ. 

    ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ޕީޕީއެމް އިސްވެ އޮވެ ވާދަވެރި އެންމެން އެއްކޮށްގެން ހިލަން އުޅުނު ފުއްގަނޑު ނުހިލި ދިޔައީ ތޮޅިއަށެވެ. ޗާގޯހޭ ކަނޑޭ ކިޔައިގެން ދެއްކިހާ ވާހަކަ ގަބޫލުކޮށް އަޑު އެހި މީހަކު މަދެވެ. ގައުމީ ކަމެކޭ ކިޔައިގެން ރޮއެ އާދޭސް ކުރަމުން ފަހަތުން ދުވެގެން ވެސް ހެޔޮވަރުގެ އަދަދަކަށް ސޮޔެއް ނުލިބުނެވެ. އެންމެ ފަހުން މަޑުމަޑުން ގަނޑު ރޫޅި ވިއްސި ވިހާލިވަނީއެވެ.

    އިސްމީހުން ފިލާތިބެ އަތަށް ބޯޑުދީފައި އިހުތިޖާޖުގެ ނަމުގައި ޔާމީނަށް އިންސާފު ހޯދާށޭ ކިޔައިގެން އައުކަމެއް ފަށައިފިއެވެ. ސަރުކާރުގެ މުއައްސާތަކުގެ ކުރިމައްޗަށް ބަޔަކު ފޮނުވުމެވެ. ހައެއްކަ މީހުންނަށް ވުރެ ގިނަ ބަޔަކު ގޮހެއް ނުތިބެއެވެ. އިއްޔެވެސް ޖެއެސްސީ ކުރިމަތީގައި ބޯޑު ިފައިގެން ތިބީ އެންމެ 9 މީހުންނެވެ. ބިޔަ ބޮދު މަސިންގާ ޕާޓީ ޕީޕީއެމްގެ ފެންވަރަކީ އެއީއެވެ. އެހުރިހާ ކަމަކުން ވެސް ރައީސް ޔާމީނާއި ޕީޕީއެމްއަށް ވެރިކަމަށް އާދެވޭ ވަރުގެ ތާއީދު ނެތްކަން ކިތަންމެ ރަނގަޅަށް ވެސް އެނގެއެވެ. 

    އެހެން ނޫނަސް ރައީސް ޔާމީނު ހަމަ ހޭފުޅުގައި އޮންނަވަނިކޮށް އެހެން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓެއް އެހެން މީހަކަށް ނުދޭނެއެވެ. ރައީސް ޔާމީނު ވާދައެއްވެސް ނުކުރައްވާނެއެވެ. އެހެން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީގެން ޕާޓީ އަތްޕުޅުން ގެއްލޭކަށް ރައީސް ޔާމީނު ފުރުސަތެއް ނުދެއްވާނެއެވެ. 

     

    ]]>
    Mon, 19 Jun 2023 10:13:39 +0500 ހީރަސްނިއުސް
    މަޖިލީހުގެ ރިޔާސަތުން ގަވާއިދަށް އަމަލެއް ނުކުރޭ: އެމްޑީޕީ https://heerasnews.com/1521 https://heerasnews.com/1521 މުހިއްމު މަސައްކަތްތަކެއް ހުށަހެޅިފައި ވަނިކޮށް މަޖިލިސް ހަލަބޮލިކޮށް، މަޖިލިސް ހުއްޓުމަކަށް ގެންނަން ފުރުސަތު ދިނީ މަޖިލީހުގެ ރިޔާސަތުން ކަމަށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ބުނެފިއެވެ.

    އިދިކޮޅުން ހުރަސް އެޅުމުން މިއަދު މަޖިލީހުގެ ޖަލްސާ ހުއްޓާލަން ޖެހުމާއި ގުޅިގެން ނެރުނު ބަޔާނުގައި އެމްޑީޕީން އެހެން ބުނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުމުގެ ކަންބޮޑުވން ފާޅުކުރި ކުރުމުގައެވެ. މަޖިލީޙުގެ ޖަލްސާ ހަލަބޮލިކޮށް، ޖަލްސާ ހުއްޓުވަން ފުރުސަތު ދެއްވީ މަޖިލީޙުގެ ރިޔާސަތުން ކަމަށް އެމްޑީޕީން ވެސް ވެސް ތުހުމަތުކުރެއެވެ.

    މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް މަޖިލީހުގެ މަސައްކަތްތައް ފެށޭނެ ގޮތެއް މަޖިލީހުގެ އިދާރާއިން ހަމަޖައްސާ ދިނުމަށް އެމްޑީޕީން ބަޔާނުގައި އެދިފައިވެއެވެ.

    މަޖިލީހުގެ ރިޔާސަތުން މިއަދު ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލާފައިވަނީ މަޖިލީހުގެ ގަވާއިދަށް އަމަލު ކުރެއްވުމެއް ނެތިކަމަށާއި މިއަދުގެ ޖަލްސާ ވެސް ހުއްޓުމަކަށް ގެނައީ އެ ޖަލްސާއަށް ރައްޔިތުންނާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ހުށަހެޅިފައި ވަނިކޮށް ކަމަށް އެމްޑީޕީން ފާހަގަ ކުރެއެވެ.

    ]]>
    Wed, 14 Jun 2023 19:50:06 +0500 ހީރަސްނިއުސް
    ބަޔަކު މީހުން ދޮންކެޔޮ ގަޑެހެން ސޭޓް ކައި ހުސްކޮށްފި https://heerasnews.com/1509 https://heerasnews.com/1509 ފިސާރި ހައިބަތު ދައްކާލަނަމޭ ހިތާ މުޅި ކާނިވާ ސަރަހައްދު ފުރެންދެން ގޮނޑި އެތުރިއެވެ. ކާނިވަލުގެ ސްޓޭޖާ ގުޅުވައިގެން ކުރިމައްޗަށް ސާޅީހަކަށް ފޫޓަށް ދިގު ފާލަމެއް އަޅާ ފާލަމުކޮޅުގައި ޕޯޑިއަމް ބަހައްތަފައި ހުއްޓެވެ. ސްޓޭޖް މަތިން ހިނގާލާފާ ޕޯޑިއަމަށް ދެވޭ ގޮތަށެވެ. ސްޓޭޖް ކުރިމަތީގައި ސްޓޭޖުގެ ފުޅާމިނުގައި ގޮނޑިޖަހަން ހާއްސަކޮށް ދަގަނޑު ހޮޅިން ވަކި ކޮށްފައވާ ސަރަހައްދުގެ ބައެއް ޕޯޑިއަމް ހުރި ފާލަމަށް ނަގާފައި އޮތުމުން ދެއަރިމަތިންނާ ފަހަތުން ސްޓޭޖަށް ހައްސަކޮށްފައިވާ އޯޑީއަންސްއަށް ހާއްސަ ސަރަހައްދުގައި ޖެހުނު ވަރަކަށް ރަތްކުލައިގެ ގޮނޑި ޖަހަފާ ހުއްޓެވެ. ސްޓޭޖަށް ހާއްސަ ޗެންޗޭނުގެ ބޭރުން ދެ އަރިމަތިންނާ ފަހަތުން ކެފޭތަކުގެ ދުވާރާ ހަމަޔަށް ކުލަކުލައިން ގޮނޑި ޖަހާފައި ހުއްޓެވެ. ބާއްވަން މި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމުގެ ޖަލްސާކަން  ރަނގަޅަށް އެނގޭ ވަރުވެއެވެ. 

    ޑެކަރޭޝަން ކިތަންމެހާވެސް ރީއްޗެވެ. ޖައްވަން ކުލައަލި ފޮނުވާ ދިދަނަގާ ބިޔަ ބެކްޑްރޮޕްގައި ޖުމްހޫރީ ލޯގޯއާއި އެކު ލީޑަރުގެ މާސިންގާ ފޮޓޯއެއް ފެންނަން ހުއްޓެވެ. އަށެއް ޖަހާ ނުވައެއް ޖަހާ ދިހައެއް ޖެހިއިރުވެސް ޖަލްސާއެއް ނުފެށެއެވެ. ޖަލްސާގެ ބައިވެރިންގެ އަދަދު ގިނަ ވާނެތީ އަންނަ މީހުން ގޮނޑި ތަކުގައި ބައިތިއްބަން ބްލޮކް ލީޑަރުންނާ އެހީތެރިން ކަނޑައަޅާ ހަރަކާތް ތެރިވަމުން ދެއެވެ. ޖަލްސާ ފެށުމުގެ ކުރިން ހަބޭސް ބޮޑުބެރު ގްރޫޕް ލަވަޔަކަށް ފަހު ލަވައެއް ކިޔަމުން ދެއެވެ. 

    ސްޓޭޖުން ގޮވާ މީހަކު މެދުނުކެނޑި މީހުން ވަދެ އިށީނުމަށް ގޮވަމުން ދިޔައެވެ. ސިޓިން އެރޭންޖްމަންޓް ހުންނާނެ ގޮތާއި އިށީންނަށް ވާގޮތް ކިޔާދެމުން ދިޔައެވެ. އެތަން ބަލަން ހުރި އިރު ހީވަނީ އެ އޮތް ބޮޑު ކާނިވާ ސަރަހައްދުގައި ތިނޯހެއްގެ ތުޑު ޖައްސާލަންވެސް ތަންކޮޅެއް ނުލިބޭނެ ކަމަށެވެ. އެ ވަރަށް އޮތީ ގޮނޑި ޖަހާފައެވެ. ގޮވާ މީހާ ގޮވާގޮތުން ހީވަނީ ކަނިވާ ސަރަހައްދަށް ވަންނަން ހުރި ކެޑުންތައް ފުރި ބާރުވެގެން ތޮއްޖެހި ޖަމްރާއަށް ހިލަ އުކަން ބަޔަކު ގޮސް ތަށިވެ ނޭވާ ނުލެވޭ ވަރަށް ފިތިބާރު ވެގެން އުޅޭ ހެނެވެ. 

    ސަހަރޯއެވެ. އަޑުއަރުވާ އަލިއަރުވާ ބޮކިއެރުވި ވަރާ ގާތަށް ވެސް މީހަކު ނުދިޔައެވެ. ސްޓޭޖަށް ހާއްސަ ކޮށްފައި އޮންނަ ޗެންޗޭނުޖެހި ސަރަހައްދުން ވެސް އެތައް ގޮނޑިއެއް ހުހެވެ. އަރިމަތިން މަދު މީހުން ކޮޅެއް ތިއްބެވެ. ބޮޑުބެރުޖަހާ ނަށާ ހެދިއިރުވެސް އެތަން ބަލައިލަން މީހަކު ނައެވެ. ޖެހިހާ ގޮނޑިތައް ނަގާ މަދު މީސްކޮޅަކާއެކު ބޮޑުސޭޓް ޖުމްހޫރީ ރިޔާސީ ޓިކެޓާ ހަވާލުވީއިރު ނިކަން ރަނގަޅަށް ސޭޓަށް ސައިޒް ފެންނާނެއެވެ. އެތަން މިތަނުން ޓިކެޓް ދީ ހުންނާނެ ތަން ދީގެން ގެނައި މީހުނެއްވެސް ޖަލްސާއަކަށް ނައެވެ. މާލޭގެ ގްރޫޕްތަކަށް ދޭންބުނި ފައިސާ ނުލިބިގެން އެމީހުނެއްވެސް ނައެވެ. 

    ހަމަތެދެކެވެ. ބޮޑު ސޭޓް ޅޮސް އުދޯއްޔަށް ލައިގެން ބަޔަކު މީހުން ދޮންކެޔޮ ގަޑެއް ކައި ހުސްކުރާހެން ސޭޓް ހުސްކޮށް އަވަދިކޮށްފިއެވެ. ކުރާ ހޭދައާއި ގާތަށްވެސް ނަތީޖާއެއް ނުފެނެއެވެ.

    އެންމެ އަސަރު ގަދަ ޖަލްސާވެސް ސޭޓަށް ވެގެން މި ދިޔައީ ޖަމަލު ފޮޑިއަކަށެވެ. ސޭޓާ މެދު މީހުން ދެކޭ ގޮތާއި ކައިރީގައި ތިބެ ހުވަފެން ދައްކައިގެން ޖީބުފުރާން އުޅޭ މީހުންގެ ހަގީގީ ސިފަ ލޮލަށް ނުފެންނަނީ އަނދިރި ކަމަކުން ނޫނެވެ. ހިތުގެ ލޯ ކަނުވެފައި ވާތީއެވެ. ޓިކެޓް އޮތް ރިޔާސީ ކެންޑިޑޭޓަކަށް ވެވިއްޖެއެވެ. ގަދަ ދޭއްގެ ހިޔަނިވެސް ފެންނާނެ ފާޑެއް ނުޖަހައެވެ. ދެވަނަ ބުރެއް އޮވެ ބޯކިބަލުން ފޮއްޗެއް ހޯދޭ ކަހަލަ ހެއްޔެވެ.    

    ]]>
    Sat, 10 Jun 2023 14:35:47 +0500 ހީރަސްނިއުސް
    މެންބަރުން ނަސީދަށް : މުގާބޭއަށް އިތުބާރެއް ނެތް https://heerasnews.com/1498 https://heerasnews.com/1498 އައު ގާނޫން އަސާސީއެއް ހަދައިގެން މަޖިލީހަށް މިނިވަންކަން ހޯދިތާ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ވަނީއެވެ. އެމުއްދަތުގައި އެތައް ޖަލްސާއެއް ބާއްވާފައިވެއެވެ. 6 ޖޫން 2023 ވަނަ ހޯމަ ދުވަހު ބޭއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެކެވެ. ހުދު މުހުތާރުކަން އިންތިހާ ދަރަޖައަށް ފެނިގެން ދިޔަ ޖަލްސާއެކެވެ. މީހަކު މޮޔަވެ ހޭބުއްދި ފިލާފައި އިން ޖަލްސާއެކެވެ. އިދި ކޮޅު މެންބަރުން އޭޖީއަށާއި ސަރުކާރުގެ މެންބަރުންނަށް އަތް އުއްކަވާ އަޑުފުޅު ގަދަ ކުރައްވަމުން ގެންދެވިއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވީ ހިނިފުޅުވަޑުވާލަ ވަޑުވާލައެވެ. އެ މެންބަރުންނާ ހެދި މަޖިލީހުގެ ނިޒާމް ގެއްލިފައިވާއިރު ވެސް ރިޔާސަތުން އެކަމަކަށް މާބޮޑު ފަރުވާލެއް ނެތެވެ. 

    ސިފަވީ މަސްހޫރު މުގާބޭގެ ވެރިކަމުގެ ވާހަކައެވެ. މީހުންގެ ކުރިމަތީ ހަޔާތް ކުޑަކޮށް ނަޝީދު އުޅުއްވާތަން މީގެކުރިން ވެސް ފެނެއެވެ. އެހެން ނަމަވެސް މިވަރުގެ ކަމެއް އަދި ނުފެނެއެވެ. މަޖިލީހުގެ ރައީސް ޔޯލައެވެ. ރާއްޖޭގެ ކުރީގެ ރައީސް ވެސް މެޔޯލައެވެ. މިވަރުގެ ބޭފުޅަކު މިހާ ގޮތެއް ނެތުނީ ކީއްވެބާއެވެ. ކޮކަޑިކޭމީދާ ގަދަވީމާ އުޅޭފާޑަށް މި ރައީސްމީހާ އުޅުއްވަނީ ކީއްވެބާއެވެ. މައްސަލަ ހުށަހެޅުއްވި އަދި މަޖިލީހުގެ ރިޔާސަތު ވެސް ތާއީދު ކުރައްވައިގެން ހުންނެވި އިދިކޮޅު މެންބަރުންނާ އެ ނޫން މެންބަރުންނާ މެދު ރިޔާސަތުން ވަރަށް ހުޝިޔާރެވެ. ގޮނޑިކޮޅުގައި އިންނަވައިގެން ބާރަށް ބަސްފުޅުވިދާޅުވެއެވެ. ދެންމެ ދެންމެ ނަން އިއްވަން ޖެހިވަޑައިގެންފާނެ ކަމުގެ އިންޒާރު އެ މެންބަރުންނަށް ދެއްވައެވެ. އެހެން ނަމަވެސް އެވީ ހުސް ވާހަކަފުޅު ތަކަކަށެވެ. މަޖިލީހުގެ ނިޒާމް އޮތީ އެކޚި އެކައްޗަކަށް ގެއްލިފައެވެ. ސީދާ ރިޔާސަތުން ކަންކުރެއްވި ގޮތުންނެވެ.

    މަޖިލީސް ހިނގާ ގޮތާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، އެ ޕާޓީން ބޭއްވި ޕީޖީ ބައްދަލުވުމެއްގައި ވަނީ ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ނިންމާފައެވެ. އެހެންވެ، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފެށިއެވެ.

    ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓް ދެއްވީ ނަޝީދުގެ އިތުބާރު ނެތް ކަމަށެވެ. މަޖިލީހުގައި ނަޝީދާ ނުލައި އެމްޑީޕީގެ 55 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސް ކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ. އެހެންވެ، އެމްޑީޕީން ބޭނުން ވެއްޖެ ނަމަ، ނަޝީދު އެ މަގާމުން ވަކި ކުރެވޭނެއެވެ. 54 ހަތަރު މެންބަރުންގެ ސޮއާއިއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއޮތީ މަޖިލީހަށް ވައްދާފައެވެ. ނަސީދުގެ އަޑިނުބައި ރޭވުން އަދި ކުރިއައް އޮތީއެވެ. ވެރިކަމާހުރެ މީހަކު ބުލިޗްބޯ ހަމަށް ގޮސް ހަމަ ބުއްދިފިލާ ރޭރެއް ރޭރުވެގެން އުޅޭފާޑަށް އުޅޭތަން އަދި ފެންނާނެއެވެ.

    ]]>
    Wed, 07 Jun 2023 13:00:31 +0500 ޒުރޫ
    ފެނަކަ އިން ބިރެއް ނުދައްކާނެ https://heerasnews.com/1492 https://heerasnews.com/1492 ރައީސް ސޯލިހު ސަރުކާރާއި ހަވާލުވެ ވަޑައިގަތް ދުވަހުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އެއްވެސް ބިރެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކޮށްދީފައެވެ. ލިބިފައިވާ ހައްގުތަކުގެ ބޭނުން އެންމެ ތަނަވަސް ގޮތެއްގައި ބޭނުން ކުރުމުގެ ފުރުޞަތު ހުޅުވާދީފައެވެ.

    މުއައްޒަފުންގެ ހައްގުތަކަށް ހުރަސް އަޅައި މުވައްޒަފުންނަށް ބިރު ދެއްކުމަކީ ކުންފުނީގެ މިއަދުގެ މެނޭޖްމަންޓް ދަންނަކަމެއް ނޫނެވެ. ކުންފުނީގެ ވަކިވަކި މުވައްޒަފުންނަށް ހިޔާލު ފާޅުކުރުމާއި އެ މީހެއްގެ ޝުއޫރު ހާމަކުރުމަކީ ފެނަކައިން ބިރުދައްކާ ހުއްޓުވާ ކަންކަމެއް ނޫނެވެ. އެހެނެއް ކަމަކު އެ ކުންފުނީގެ ވަކިވަކި މުވައްޒަފުން ފާޅުކުރާ ޝުއޫރާއި ހިޔާލާއި ބުނާ ބުނުމަކީ ކުންފުނީގެ މެނޭޖްމަންޓްގެ ބަހެއް ނޫނެވެ. އެއީއަކީ މުޅި ކުންފުނީގެ އާއްމު ވިސްނުމެއްވެސް ނޫނެވެ.  އަދި ކުންފުނިން ދެކޭ ގޮތެއްވެސް ނޫނެވެ. 

    އެހެންކަމުން އެއްވެސް އަސްލެއް، އަސާސެއް ނެތި ފެނަކައިގެ މެނޭޖްމަންޓާއި އެ ކުންފުނީގެ އަގު ވައްޓާލައި، ނަން ކިލަނބުކުރުމަށް ބައެއް ނޫސްތަކުން ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލަން ޖެހެއެވެ. ވަކި ބަޔަކަށް ސިޔާސީ ބާރުވެރިކަން ހޯދާދިނުމަށް ފެނަކަ ކޯޕަރޭޝަން ފަދަ ހިދުމަތްތެރި ކުންފުނިތަކުގެ އަގު ވައްޓާލާ ރައްޔިތުންގެ އިތުބާރު ނަގާލުމަށް ކުރެވޭ ބޭކާރު ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް ފެނަކަ ކޯޕަރޭޝަނުން ނަށެހަތްތެރިވެއެވެ. ފެނަކައިގެ ނަން ބޭނުން ކޮށްގެން ފައިދާ ހޯއްދަވަން ބޭނުންވާ ނަމަ އަހްލާގާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯދުމަށް ފެނަކައިން އިރުޝާދު ދެއެވެ.

    ]]>
    Tue, 06 Jun 2023 10:07:04 +0500 ހީރަސްނިއުސް
    އާޒިމާއަށް: ދުނިޔެއަށް ގޮންޖެއްސަސް އިހުމާލުން ނުރެކެވޭނެ https://heerasnews.com/1482 https://heerasnews.com/1482 އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ވުރެވެސް އާޒިމާ ޝަކޫރުގެ ހުކުން މާމައްޗެވެ. އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި ތިބީ މޮޔައިންކަމަށް އާޒިމާ ބުނީމާ ގަބޫލު ކުރާނީ ރާއްޖޭގެ ވެރިކަން ވައްޓާލަން ބަގާވާތްކުރާ ބަގާވާތުގެ އަހުލުވެރިން އެކަންޏެވެ.   

    ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް އިސީޖޭން ނިންމި ނަމަވެސް އެއީ މޮރިޝަސްއަށް އެތަން ލިބުން ނޫން ކަމަށް ބުނެ ކަރުން ނާރު ނަގާ އާޒިމާ ހަޅެލިޔަސް އެނޫން ގޮތެއް ނިކަން ހަދާލަބަލާށެވެ. ތިޔަފާޑަށް މޭދިއްކޮށްގެން ކުރިންވެސް ކަމެއްގައި އުޅުނެވެ. ޖީއެމްއާރު އެއްބަސްވުން އުފެދުމުގައިވެސް ބާތިލޭ ކިޔައިގެން ތެޅި ބޭލި ބޭލުމުން ރާއްޖެއަށް ޖެހުނީ މިލިޔަން މިލިޔަނުން ޑޮލަރު ދައްކާށެވެ.

    ޗާގޯސް ކަނޑު އިކުއިޑިސްޓެންސްގެ މަގުން ބަހަން އިޓްލޮސް ނިންމީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފަޔާއި އދ ގެ އާއްމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ޗާގޯސްގެ ސިޔަދަތީ ބާރު މޮރިޝަސްއަށް އޮތް ކަމަށް ނިންމުމުންނެވެ. އިޓްލޮސްގެ ފަނޑިޔާރުންގެ ބޮޑު އިއްތިފާގުންނެވެ. އިޓްލޮސްއިން ކުރި ހުކުމަކީ ބައިނަލް އަގުވަމީ ގާނޫނުތަކަ ހިލާފު ހުކުމެއް ކަމަށް ބުނަން އާޒިމާ މީކާކުހެއްޔެވެ. 

    ވަރަށް ސާފުބަހުން ދައުލަތާ ދެކޮޅަށް އާޒިމާ ނުކުމެ ހުރިކަމަށް ރޭގައި ބުނެފިއެވެ. އާޒިމާ ނިކުމެ ހުރީ ހަމަ އެކަނި ދިވެހި ދައުލަތާ ދެކޮޅަށް އެކަންޏެއް ނޫނެވެ. އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއާއި އދއާއި އިޓްލޮސްއާ ވެސް ދެކޮޅަށެވެ. އާޒިމާ ހައިރާން ވާނެ ކަމެއް ނެތެވެ. އަޖައިބުވެސް ވާނެ ކަމެއްނެތެވެ.

    ޗާގޯހަކީ އެއްއިރެއްގައި ވެސް ރާއްޖޭގެ ތަނަކަށް ނުވާއިރު އެތަން ރާއްޖޭގެ ސަރުކާރުން އެތަން އެހެން ބަޔަކަށް ދެވޭނެ ގޮތެއް ނުއޮންނާނެއެވެ. މަށަށް ދެވޭނީ މަގޭ އެއްޗެކެވެ. ވެރިއަކު ނެތަސް އަމިއްލަ އެއްޗެއް ނޫނީ ނުދެވޭނެއެވެ. އަނގަފުރާފާ އާޒިމާ ރާއްޖޭން ޗާގޯސް މޮރިޝަސްއަށް ދިނީ އޭ ބުންޏަސް ދިވެހިންނަކަށް އެކަމެއް ނޯޅެއެވެ. 

    ޔޫއެންގެ ޗާޓްގައި ޗާގޯސް ގައުމެއް ގޮތުގައި ނެތުމުން މޮރިޝަސްއިން ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާ ކޮށްގެން އެކަން އެވަނީ ކާމިޔާބު ކޮށްފައެވެ. މޮރިޝަސްއިން އެ ދައުވާ ކޮށްގެން އދ މަޖިލީހުގައި ބަހުސް ކުރެވި ޝަރީއަތް ކުރެވުނު އިރު ބާރުގައި ތިބީ އާޒިމާ މެންނެވެ. ތިބީ އަޅާ ނުލާ ނިދާފައެވެ. ރާއްޖޭގެ ތަނެއް ކަމުގައި ޗާގޯސްވާނަމަ އެތަން ހޯދަން މޮރިޝަސް މީހުން ބައިނަލް އަގުވަމީ ކޯޓުތަކާއި އދ މަޖިލީހުގައި މަސައްކަތްކުރިއިރު ރާއްޖޭ އެކަމާ ނޫޅެތިބީ އާޒިމާ މެންނެވެ. އާރާ ބާރުގައި ތިބެއެވެ. ވާނެ ހައެއްޗެއްވެ އަތްނުފޯރާ ހިސާބަށް ދިޔައިމާ ސިޔާސީ ބޭނުމުގައި ހޭރުނަކަސް ދެން ވާނެ ކަމެއް ނުއޮންނާނެއެވެ. 

    އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ގެ ރޫލިންގ އަކުން ޑީކޮލޮނައިޒޭޝަންއެއް ނުނިމެޔޭ ބުނާއިރު ހުރިހާ ގާނޫނީ ހުކޫމާތެއް އޮތީ މޮރިޝަސްއަށް ފަހިކޮށް ނިމިފައެވެ. މާ މޮޅުވާހަކައަކަށް ވެގެން މިއަދާ ހަމައަށް ވެސް މޮރިޝަސްއަށް ޗާގޯސް ހަވާލުކޮށްފައއި ނޯންނާނެ ކަމަށް އެބަ ބުނެއެވެ. މޮރިޝަސްއިން ޗާގޯސް ބޭނުންވެގެން ޔޫއެންއަށް ހުށަހަަޅާފައި ނެތްކަމަށް ވެސް އާޒިމާ އެބަ ބުނެއެވެ. 

    ރަންކޮޅާ ހަދަހާވާ ގަމާރެވެ. މޮރިޝަސް ބޭނުންވީ ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަން ކަނޑައަޅާށެވެ. އެކަން މޮރިޝަސްއިން ކޮށްފިއެވެ. ޗާގޯސްއަކީ އެމީހުންގެ ތަނެއްކަމަށް އެމީހުން އެއޮތީ ޔަގީން ކޮށްފައެވެ. ޗާގޯސްއާއި ހަވާލުވުމާ ނުވުން އެއީ މޮރިޝަސްގެ އަމިއްލަ ކަމެކެވެ. މޮރިޝަސްއިން ބައިނަލް އަގުވާމީ ކޯޓަކަށް ނުވަތަ އދ މަޖިލީހަށް ހުށަހަޅައިގެން ހަވަލުވާން އުޅޭނީ ހަވާލުވާން އުޅެ އެކަން އެމިހުނަށް ނުވެގެން އުޅޭ ދުވަހަކުންނެވެ. އިގުތިސާދީ ސަރަހައްދުގެ ފުށުއެރުން އޮތުމުން އިޓްލޮސް މެދުވެރިކޮށް އެމައްސަލަ ހައްލު ކުރިހެން ހަވާލުވަން ބޭނުންވީމާ އެކަންވެސް ކުރާނެކަން އާޒިމާއަށް ނޭގުމަކީ ރާއްޖެއަށް ޗާގޯސް ލިބުމަށް އޮތް ހުއްޖަތެއް ނޫނެވެ.

    ]]>
    Sat, 03 Jun 2023 13:11:16 +0500 ހީރަސްނިއުސް
    ވެރިކަމުގެ މަސްތުގައި ދައުލަތް ރޭޕްކުރުން https://heerasnews.com/1473 https://heerasnews.com/1473

    ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ބޭނުން ނުވާ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.

    އިމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރަބިއުނަލް (އިޓްލޮސް)ގައި ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ނޫން ކަމަށް ބުނެ ބަންޑަރަނައިބު އިބްރާހީމް ރިއްފަތު މަގާމުން ވަކިކުރަން މަޖިލީހަށް އިދިކޮޅު މެންބަރުން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުމުން ޖަވާބުދާރީވެ ވަޑައިގަތީ ލިޔުމުންނެވެ. 37 ނުކުތާއެއްގެ މައްޗަށްް ލިޔުއްވި އެ ޖަވާބުގައި ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ އިގުތިސާދީ ސަރަހައްދަކީ ކޮބައިކަން ސާފުކޮށް ދެއްވާފައިވެއެވެ. 

    އިތުބާރު ނެތް ކަމަށް އިދިކޮޅުން ފާހަގަކުރާ އެއް ކަމަކީ، ފުށުއަރާ ސަރަހައްދު ބެހުމުގައި މަޖިލީހުގެ ބަހެއް ނެތި ރާއްޖޭގެ ސަރަހައްދުން "ބައެއް ދޫކޮށްލި" ކަމަށް ބުނާ ބުނުމެވެ. އެ ވާހަކަ ތަކަށް ރައްދު ދެއްވާ ރިއްފަތު ވިދާޅުވީ ކަނޑުތަކާ ބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ)ގައި ބުނާގޮތުން ، ހާއްސަ އިގްތިސާދީ ސަރަހައްދަށް ބަދަލު ގެނައުމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައި ކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނެއް ބޭނުންވަނީ އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނަ ނަމައެވެ. ރާއްޖޭގެ ސަރަހައްދަކީ، ބޭސްލައިން ތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް ކަމުން މަޖިލީހުގެ ބަހެއް ހޯދަން ޖެހެނީ އެ ސަރަހައްދަށް ބަދަލު އަންނަ ނަމަ ކަމަށް ވިދާޅުވެފައި ވެއެވެ.

    " މައްސަލައަކީ އެ 12 ނޯޓިކަލް މޭލުގެ ސަރަހައްދަކަށް ނުވާތީ އާއި އަދި މި މައްސަލައިން އެ ސަރަހައްދަށް އެއްވެސް އަސަރެއް ނުކުރާނެތީ، އެކަމަށްޓަކާ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރާކަށް ނުޖެހޭ،" ކަމަށް ލިޔުމުން ދެއްވި ޖަވާބުގެ ހަވަނަ ނުކުތާގައި ވެއެވެ.

    ބަންޑާރަ ނައިބު މަޖިލީހަށް ފޮނުއްވެވި ރައްދުގައި ފުރަތަމަ ވެސް ފާހަގަކުރެއްވި ނުކުތާއަކީ ރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުން، އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ކަނޑާއި ކަނޑުގެ އަޑީގައިވާ ފަސްގަނޑަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަމަށެވެ. 

    ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގައި އެހެން ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާ ނަމަ، ފުށުއަރާ ދިމާއަކާ ބެހޭ ގޮތުން އެ ގައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ، ސޮއިކުރެވޭ އެގްރިމަންޓެއްގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބޭރު ކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަށް ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދު ތަކާބެހޭ ގާނޫނު ހުރަސް ނާޅާކަން ފާހަގަކުރެއްވިއެވެ. 200 ނޯޓިކަލް މޭލުގެ ސަރަހައްދު އެހެން ގައުމަކާ ފުށުއަރާ ނަމަ، މުޅި އެ ސަރަހައްދު ރާއްޖެއަށް ނުލިބޭނެކަން ވަރަށް ސާފުކޮށް އެ ގާނޫނުން ހާމަވާކަން ފާހަގަ ކުރެއްވިއެވެ. 

    އިޓްލޮސްއިން ކޮށްފައިވާ ހުކުމުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ފުށުއަރާ ސަރަހައްދުން މޮރިޝަސްއަށް ވުރެ ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފައެވެ. ރާއްޖޭގެ ގާނޫނުގައިވާ ގޮތަށް ދެކުނުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަނޑައެޅި ފުށުއެރުމުގެ ބޮޑުބައި ބައިނަލްއަގުވާމީ ޓްރައިބިއުނަލަކުން ހައްލުވެގެން ދިޔަ ދިޔުމަކީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބޮޑު ބައެއް ވިއްކާލުން ކަމަށް ސިފަކޮށް އިދިކޮޅު ގުޅިގެން ދައުލަތް ރޭޕްކުރަނީ ވެރިކަމުގެ މަސްތުގައެވެ.

    ]]>
    Wed, 31 May 2023 15:21:04 +0500 ހީރަސްނިއުސް
    ދެ މިނިސްޓަރުންގެ އިތުބާރުނެތްކަމަށް ހުށަހެޅީ ފަސާދަ އުފައްދަން https://heerasnews.com/1463 https://heerasnews.com/1463 އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް އޮތީ ހުށަހަޅައިފައެވެ. މިކަން ކުރުމުގެ ފަހަތުގައި އޮތީ މުޅިން އެހެން ނިޔަތެކެވެ. ސަރުކާރަށް ފިއްތުމެއް ކުރިމަތި ކުރުވުން ކަމަށް ބެލެވެއެވެ.

    ދެ ވަޒީރެއްގެ އިތުބާރުނެތް ކަމަށް ހުށަހެލި ހުށަހެޅުމުގައިވާ ސޮއިކުރެއްވެވި ދެ މެންބަރަކު ވިދާޅުވާ ގޮތުން އެ ބޭފުޅުން އެ ހުށަހެޅުން ހުށަހެޅީ އިތުބާރު ނެތްކަމަށް ފާސްވާނެ ކަމަކަށް ނޫނެވެ. މަޖިލީހުގެ ތެޅުމުގައި އެ ދެ ވަޒީރުންގެ އިއްޒަތުއްނަފްސް ކަތިލައްވާ ވަގަށް ގޮވާލުމުގެ ނިޔަތުގައިކަމަށް އެ މެންބަރުން ވިދާޅުވިއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ގައުމު ހަލަބޮލިކޮށް ފަސާދަ އުފައްދަން މަޖިލީހުގެ ރިޔާސަތުން މިދަނޑިވަޅު އެއްބާރުލުން ދެއްވާނެ ކަމަށް ޔަގީންވާތީ ކޮށްލި ކަމެއްކަމަށް ނަންނުޖެހުހުން ޝަރުތުކޮށް އެ ދެމެންބަރުން ވިދާޅުވިއެވެ.   

    މަޖިލިހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން ބޭނުންވާ އަދަދަށް ވާދަވެރިންނަށް މެމްބަރުން ހަމަވެއެވެ. އެހެންވެ، އެފަދަ މައްސަލަތައް ހުށަހެޅިދާނެއެވެ. ފާސްވާ އަދަދަށް ވޯޓު ނުލިބުނަސް ހެޔޮތާއެވެ. މިއީ މި ވަގުތަށް މަޖިލީހުގައި ގަދަ ހިފުމަކަށް ދާނެ މައްސަލައެއް ނޫނެވެ. ވަޒީރުންގެ ދިފާއުގައި މާ ބޮޑު މަސައްކަތެއް ކުރަން ސަރުކާރަށް ޖެހޭފަދަ ހަލަތެއްވެސް ނޫނެވެ.

    މަޖިލީހުގައި މެންބަރުން މިހާރު ބެހިފައި އޮތް ގޮތުން، އެމްޑީޕީން ވަކިވި މެންބަރުންނާއި އެ ޕާޓީއާ އަލަށް ގުޅިވަޑައިގަތް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ހިމަނައިގެން އެ ޕާޓީގައި މިހާރު ތިބީ 56 މެންބަރުންނެވެ. އެކަމަކު، އެ ލިސްޓުން މަޖިލިހުގެ ރިޔާސަތުގައި އިންނަވަނީ މަޖިލިހުގެ ރައީސް ނަޝީދުގެ ނަން އުނިކުރުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 55 އެވެ.

    "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން އަންނަ އެމްޑީޕީގެ ކުރީގެ މެންބަރުންގެ އަދަދަކީ 13 އެވެ.  މަޖިލީހުގައި ދެން ތިއްބަވާ ޕީޕީއެމް/ޕީއެންސީ އެއްކޮށްލައިގެން މިހާރު ވަނީ 8 މެންބަރުންނެވެ. އިދިކޮޅުން ސަރުކާރާ އަރާ ހަމަކުރަން އަދި 27 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ. އެހެންކަމުން ނަގަން މިއުޅޭ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަޔަކީ ސައިބޯނި ބޮތްކެއް ފަދަ އެއްޗެކެވެ.

    ސިޔާސީގޮތުން ވަޅިންނުޖެހުނިއްޔާ މުއްގަނޑުންވެސް ޖެހޭތޯ ވާދަވެރިން އުޅޭނެއެވެ. ވާދަވެރިން ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅައިގެން ރައްޔިތުންނަށް ދައްކާދޭން އެއުޅެނީ ވަޒީރުންގެ އިތުބާރު ނެތްކަމެއް ނޫނެވެ. ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅައިގެން އެއުޅެނީ އެ ވަޒީރުންގެ އިތުބާރު އޮތްކަން ސާބިތުކޮށް ދޭށެވެ. އޭރުންވެސް ވާދަވެރިންގައި ހަކަތައެއް ނެތްކަން ދޭހަވޫން ނޫންކަމެއް ނުވާނެއެވެ. 

    ]]>
    Mon, 29 May 2023 19:41:53 +0500 ޒުރޫ
    ދި ޑިމޮކްރެޓްސް އަކީ އެމްޑީޕީއެއް ނޫން https://heerasnews.com/1454 https://heerasnews.com/1454 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ގާނޫނު އަސާސީން ލިބިދީފައި އޮންނަ ބާރެއްގެ ބޭނުން ކުރަންޖެހޭ ގޮތްވެސް އެނގެނީ އީވާމެން ވައްޑެމެންނަށެވެ. ރައީސް ސިޔާސީ މަގާމު ދެއްވަންޖެހޭ މީހުންނާއި ވަކި ކުރާންޖެހޭ މީހުން ވެސް  އެނގެނީ އެމީހުންނަށޯލައެވެ. އެމްޑީޕީ ކަމުނުގޮސްގެން އެމްޑީޕީން ވަކިވިޔަސް އެމްޑީޕީން ހޯދާދީފައި އޮތް މަގާމެއް މުސާރައެއް ގެއްލިގެން ނުވެޔޯލައެވެ.

    ހައިރާން ވާވަރުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަމުން އެގެންދަވަނީ ކޯލިޝަނަކުންނެވެ. ކޯލިޝަނުގެ މައިޕާޓީއަކީ އެމްޑީޕީއެވެ. ރައީސް ސިޔާސީ މަގާމުތައް ދެއްވުމުގައި އަމަލުކުރައްވަމުން ގެންދަވާފައި އޮތީ ކޯލިޝަން ޕާޓްނަރުންގެ މެދުގައި އެއްބަސްވެފައިވާ ނިސްބަތަކުން ކޯލިޝަން ޕާޓީތަކަށް ސިޔާސީ މަގާމު ދެއްވުމެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބޭނީ އެމްޑީޕީ މީހުންނާއި ޖޭޕީ މީހުންނާއި އަދާލަތު ޕާޓީ މީހުންނާއި އެމްއާރުއެމް މީހުންނެވެ. ޕީޕީއެމް މީހުންނާއި ޕީއެންސީ މީހުނެއް މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ނުތިބޭނެއެވެ. ހަމަ އެހެންމެ ކޯލިޝަން ޕާޓީއަކަށް ނިސްބަތްނުވާ މީހުންނަކަށް މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ތިބެވިގެން ނުވާނެއެވެ. 

    ކޯލިޝަން ޕާޓްނަރުންގެ ސްލޮޓެއްގައި ސަރުކާރުން ސިޔާސީ މަގާމު ހޯދައިގެން ހުރި މީހަކު ކޮލީޝަންގައި ނުހިމެނޭ ޕާޓީއެއްގެ މެންބަރަކަށް ވެގެން ކޯލީޝަން ޕާޓްނަރުންގެ ސްލޮޓް ހިސޯރުކޮށްގެން ނުތިބެވޭނެއެވެ. މީހަކު ޕާޓީ ދޫކޮށްލާނީ އެ މީހަކަށް ލިބޭ މަންފާތަކާ ވެސް އެކުގައެވެ. ލަދެއް ހަޔާތެއް ހުރިނަމަ އެވާހަކަ ނުވެސް ދައްކާނެއެވެ. ވަޒީފާގެ ބިރު ދައްކަނީއޭ ކިޔައިގެން ނާޖާއިޒު ފައިދާ ނެގޭނެ ކަމަށް ހީނުކުރާށެވެ.

    ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ސްލޮޓްގައި ސިޔާސީ މަގާމު ހޯދައިގެން ހުރި މީހަކު އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކާ ގުޅޭނީ ސިޔާސީ މަގާމު ބޭނުން ނެތިގެންނެވެ. އެމްޑީޕީން އެމީހަކު ވަކިވުމުން އެމްޑީޕީގެ ސްލޮޓް އެމީހަކަށް ގެއްލޭން ޖެހެއެވެ. އެސްލޮޓަކީ އެމްޑީޕީ މީހުންގެ ހައްގެކެވެ. އެމްޑީޕީ ދޫކޮށްލައިގެން އެމްޑީޕީގެ ސިޔާސީ ސްލޮޓެއްގައި ހުރުމަކީ ޝަހުސު އޮޅުވާލުމެކެވެ. އެމީހަކު ވަކިކޮށް އެމްޑީޕީ އެހެން މީހަކަށް އެ ސްލޮޓެއް ދޭންޖެހެއެވެ. 

    ޕާޓީތަކުން ޕާޓީ ސްލޮޓްގައި ސިޔާސީ މަގާމު ދެނީ ޕަޓީއަށްޓަކާ މީހަކު ވެފައިވާ ގުރުބަނީއާއި އެމީހެއްގެ ސަބަބުން ޕާޓީއަށް ރަނގަޅު ގޮތްތަކެއް ވާނެކަމުގެ ޔަގީންކަން އޮންނަ މީހުންނަށެވެ. އެމީހަކު ޕާޓީގައި ނުހުރެ ޕާޓީ ދޫކޮށްލުމުން ކިތަންމެ ބޮޑު ގުރުބާނީއެއް ވެފައި އޮތަސް އެޕާޓީއެއްގައި އެމީހެއްގެ ހައްގެއް އެހިސާބަކުން ނުއޮންނާނެއެވެ. މީހަކާ އިނދެގެން ކިތަންމެ ދަރިންނެއް ލިބިފައި ތިއްބަސް ވަރިވުމަށްފަހު އެދެމީހުނަށް އަނބިފިރި ކަމުގެ ހައްގު ނުއޮންނަ ފަދައިންނެވެ.

    މޮޔަނުވާށެވެ. ޕީޕީއެމު ގެ ދަރިއަކަށް ޕީއެންސީ ވެދާނެއެވެ. އެކަމަކު ދި ޑިމޮކްރެޓްސް އަކީ އެމްޑީޕީއެއް ނޫނެވެ. އެމްޑީޕީ ލީޑްކުރާ މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ވެސް ނޫނެވެ. އެމްޑީޕީ މެންބަރަކަށް އޮތް އެއްވެސް ހައްގެއް އެމްޑީޕީން ވަކިވެފައިވާ މީހަކަށް އެމްޑީޕީއަކު ނުއޮންނާނެއެވެ. ހަމަތެދެކެވެ. އިނދެ ވަރިކޮށްފައި ތިއްބަސް ދެމަފިރި ކަމުގެ ހައްގު އޮންނަން ވޭހެއްޔެވެ. ނުއޮންނާނެއެވެ. އެކަމަކު އީވާމެންގައި ތިޔަ ހުންނަނީ ސައްޓިނުބައި ބަތްކޮޅު ހެޔޮ ވުމުގެ އުސޫލެވެ. 

    ]]>
    Sun, 28 May 2023 17:07:58 +0500 ހީރަސްނިއުސް
    ރައްޔިތުން ހޭލާކަށް ނުވޭތަ! https://heerasnews.com/1452 https://heerasnews.com/1452 ލިޔުނީ: ޝާމް

    " ބޮޑު ވަޒީރު ހަޖަމްބެ އަކީ އަޅުގަނޑު ވަރަށް ލޯބިވާ ސިޔާސީ ލީޑަރެކެވެ. އަޅުގަނޑު މާލާއި ޖާނާ އަނބިދަރިން ޤުރުބާން ކުރާ ވަރަށްވެސް ބޮޑުވަޒީރު ހަޖަމްބެއަށް ތާއީދު ކޮށް ލޯބިވަމެވެ. މިކަމާ ހެދި ބައެއް މީހުން އަޅުގަނޑަށް މަލާމަތްވެސް ކޮށް އުޅެއެވެ.

    އެއްދުވަހަކު އަޅުގަނޑު ދަރިފުޅު ބަލިވެގެން ޑޮކްޓަރަށް ދިޔައީމެވެ. އެއީ ސަރުކާރުން ހިންގާ ހޮސްޕިޓަލެކެވެ. ޑޮކްޓަރު ބޭސް ލިޔެދީ ބޭސް ބޯންވީގޮތުގެ މަޢުލޫމާތުދީ ގެއަށް ފޮނުވާލިއެވެ.

    ގެއަށް ދިޔައިރު ކެމްޕޭނަށް ބޮޑުވަޒީރު ހަޖަމްބެ ގެއަށް ވަޑައިގެން އިންނެވިއެވެ. ބޮޑުވަޒީރު ވިދާޅުވިއެވެ. ސަރުކާރު ހޮސްޕިޓަލުން ދޭ ބޭސް ބޯކަށް ނުވާނެއެވެ. ތިޔަށް ވުރެ މިދޭ ފުޅިވެސް މާރަނގަޅު ވާނެއެވެ. އެހެން ވިދާޅުވެ ދިއްކޮށްލެއްވީ ބްލީޗު ފުޅިއެކެވެ. އަހަރެން އެފުޅީގައި ހިފާ ޑޮކްޓަރު ދިން ބޭސްތައް އުކާލައިފީމެވެ. 

    ބްލީޗަކީ ވިހައެއްކަށް އެނގުނު ނަމަވެސް އަޅުގަނޑު ލޯބިވާ ތާއީދު ކުރާ ލީޑަރަށް ވީމާ އޭނަ ބުނާ ކޮންމެ ކަމަކީ ރަނގަޅު ކަމަކަށް ވާނެތީ ވިހައެއްކަން އެނގިހުރެ ދަރިފުޅަށް އެ ފުޅި ބޯންދިނީމެވެ. ....  ދެން ކަންހިގާނެ ގޮތް ތިބާއަށް ވެސް އެނގިލައްވާނެއެވެ. "

    މިއީ މިއަދުގެ ގިނަ ދިވެހި ރައްޔިތުންގެ ހާލަތެވެ. ކިތައްމެ ބޮޑު ގެއްލުމެއް ތިމާޔާ ތިމާގެ ރަށަށް ލިބުނަސް ހެވެވެ. ތަރައްގީގެ ޕްރޮޖެކްޓްތައް ގެއްލުނަސް ހެވެވެ. ތިމާ ތާއީދު ކުރާ ލީޑަރު ބުނެފިއްޔާ ލަހެއް ފަހެއް ނުވެއެވެ. އެލީޑަރު ބުނި ގޮތަކަށް ކަން ކޮށް ނިންމާލަނީއެވެ. ތިމާގެ ލޯބިވާ ލީޑަރު އުޅުއްވަނީ އަމިއްލަ އެދުމަށްތޯ ތިމާޔާ ތިމާގެ ރަށަށް ފައިދާއަށް ތޯ ބެލުމެއް ނެތެވެ. 

    ދިވެހި ލޮބުވެތި ރައްޔިތުުންނެވެ. ވެރިޔަކު ހޮަވަނީ ރީތިތޯ ބަލައިގެންނެއް ނޫނެވެ. ވެރިންނަށް މަތިކޮށްފައިވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދި ހަމަހަމަކަން މަތީ ކުޑައެއް ބޮޑެއް ބެލުމެއްނެތި ކޮންމެ ރަށެއްވެސް ތަރައްޤީ ކޮށް ދިނުމަށެވެ. އިރެއްގައި ކިތައްމެ ރަނގަޅު ކަމެއް ކޮށްދީފައިވާ މީހަކު ނަމަވެސް މިއަދު އެމީހަކު ކުރަން އުޅެނީ ކޮންކަމެއްތޯ ބަލަން ޖެހޭނެއެވެ. އެއްއިރެއްގައި ރަނގަޅު މީހާ މިއަދު އެންމެ ނުބައި ނުލަފާ މީހާއަށްވެސް ވެދާނެއެވެ.

    މާތްﷲ ދެއްވި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރާށެވެ. އެހެން ނޫނީ މި ބަދަލު ނުގެނެވުނު ނަމައޭ ކިޔަން ޖެހިދާނެއެވެ. އެއިރުން އެކަން އޮންނާނީ މާޒީވެ ގޮސްފައެވެ. އަނބުރާ ނުލިބޭ ހިސާބަށެވެ. މާތްﷲ އަޅަމެން އެންމެނަށް ހެޔޮވިސްނުން ދެއްވާށިއެވެ.

    ]]>
    Sun, 28 May 2023 13:19:22 +0500 ހީރަސްނިއުސް
    ރައީސްގެ އެންމެ ދަތުރަކުން އިދިކޮޅު ސައިޒަށް https://heerasnews.com/1450 https://heerasnews.com/1450 ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާފު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުން އިދިކޮޅުން ހިންދެމި ނުލެވިމ އުޅެނިކޮށް އަނެއްކާވެސް ކޮށި އަރުވާރާލައިފިއެވެ. ރަޢީސް ފާފު އަތޮޅަށް ވަޑައިގެންނެވީ ތަރައްގީގެ އެތައް ޕްރޮޖެކްޓެއް ނިންމުމަށްފަހު އެ ޕޮރޮޖެކްތައް ހުޅުއްވައިދެއްވުމަށެވެ. ރައްޔިތުންނާއި ކައުންސިލްތަކާއި އެކު މަސަތްކަތް ކުރައްވާ ކުރިއަށް ހުރި ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވުމައްޓަކައި މަސްވަރާ ކުރެއްވުމަށެވެ. 

    މިއަދު މުޅި ރާއްޖެއަށް ފެނިގެން ދިޔައީ  ރައީސަށާއި އަދުގެ ސަރުކާރަށް އޮތް ތާއީދެވެ. ރައްޔިތުމީހާގެ ކުރިއެރުމަށް މިއަދުގެ ސަރުކާރުން ކޮށްދެމުން ގެންދަވާ މަސަތްކަތްތައް ރައްޔިތުން ބަލައިގެންފިކަން ދައްކުވައި ދެއްވިއެވެ. އެހެން ކަމުން މިއަދު ފެނުނު މަންޒަރު ތަކުން ހަމަ ގައިމުވެސް އިދިކޮޅު ފަރާތްތައް ކޮށިއަރާ ގޮތްވާނެއެވެ. ރައްޔިތުން ބޮޑުމަންޒަރު ދައްކައިދެމުން ދާގޮތުން ބައެއް އިދިކޮޅު ފަރާތްތަކުން ސައިޒުވެލަން މަޖުބޫރު ވެސް ވާނެއެވެ.

    އެނގި ޔަޤީން ވާކަމަކީ ރައްޔިތުމީހާ މިއަދު ނުކުމެހުރީ ރައްޔިތުމީހާ ހިތްހަމަޖެހޭ މިންވަރަށް މަސަތްކަތް ކުރެވި އިތުރަށް ތަރައްގީ ބޭނުން ވާތީކަމެވެ. ރައީސްގެ ހިއްވަރުފުޅާއި މަސަތްކަތްޕުޅުތައް މަޑުޖެހުމެއް ނެތްކަން މިއަދުގެ މަންޒަރުން އެކަނިވެސް ސާފުވެގެން ދާނައެވެ. ހިތުގަ ޖެހޭބަޔަކު ގޮތް ދޫކުރަންވެސް ފާފު އަތޮޅު މަންޒަރުތައް ފުދޭނެއެވެ.

    ފާފު އަތޮޅުގެ ހުރިހާ ރަށަކުން ވެސް ފެނިގެން ދިޔައީ ކުދިބޮޑު އެންމެން ނުކުމެ ރައީސްއަށް އޮތް ލޯތްބާއި ތާއިދު ދައްކާލިތަނެވެ. ހަޖްމްކުރަން ކިތަންމެ އުނދާގު ވިއަސް ، ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް މިއަދު ގެ ހަގީގަތަކީ އެއީއެވެ. ބޮޑު މަންޒަރު ސިފަވަނީ އެގޮތަށެވެ. ފަސްފަހަތުން ދުވެ ޑިފެންސައް ކުޅެން ތިއްބާ މާތް ﷲ ގެ އިރާދަފުޅުން ދެވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނީ ފަސޭހަކަމާއި އެކުގައެވެ. އެއްބުރުންނެވެ. ރައްޔިތުމީހާ މިއަދު ރައީސްއާއި ސަރުކާރުން ކުރައްވާ މަސަތްކަތްތައް ބަލައިގެންފިއެވެ. ފެންނަ މަންޒަރު ހަޖަމް ނުވަންޔާ ހަޖަމް ކުރާބޭހެއް ކާލައިގެން ހަމަޖެހިލާ ބޮޑުމަންޒަރު ކުލަވަންދެން ސިފަކޮށްލާށެވެ.  

    ]]>
    Sat, 27 May 2023 22:20:15 +0500 ޒުރޫ
    ސްޓެލްކޯ އެމްޑީ ޝަރީފް މޭސްތެރިކަމުގެ ހިދުމަތުން ސަފްހާއެއް https://heerasnews.com/1444 https://heerasnews.com/1444 ސްޓެލްކޯގެ އެމްޑީ ޝަރީފްއަކީ ކޮންމެ ސަރުކާރެއްގައި ވެސް ހަވާލު ކުރެވޭ މަސަތްކަތެއް އެންމެ ފުރިހަމައައް އަދާ ކުރާ އެމްޑިއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއަދު ސްޓެލްކޯ މި ދެކޭ ކުރިއެރުމުގެ އެއް މޭސްތިރިއަކީ ވެސް އެމްޑީ ސަރީފްއެވެ. ކުރީ ސަރުކާރު ތަކުގައިވެސް ސްޓެލްކޯ، ސްޓެލްކޯ އަކަށް ހެއްދެވި ސަރީފް ވަނީ ތަފާތު ދައްކައި ދީފައެވެ. އޭރުވެސް ހިދުމަތައް އެތަކެއް ގިނަގުނަ ކުރިއެރުން ތަކެއް ހޯއްދަވާ ދެއްވިއެވެ.

    ރައްޔިތުންނަށް އެމަނިކުފާނު ބޮޑަށް މަސްހޫރުވެގެން ދިޔަޢި އިލެކްޝަން ކޮމިޝަންގައި މަސަތްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ. ގޮންޖެހުންތަކާއި ފާޑުކިއުންތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ ގައުމަށް ހިދުމަތް ކޮށްދިނުމުގައި ސާބިތުވެ ހުންނެވިއެވެ. މީހެއްގެ ނުވަތަ ބައެއްގެ ޕްރެސަރަށް ބެލުމެއްނެތި ކުރެއްވި ކޮންމެ ކަމެއްގައި އިހުލާސްތެރިކަމާއި އެކު ނަތީޖާ ނެރެދެއްވިއެވެ. އިލެކްޝަންގައި މަސަތްކަތް ކުރެއްވިއިރު ސަރުކާރު ތަކުން އައި ޕްރެސަރާ ރައްޔިތުންގެ ފަރާތުން އައި ޕްރެސަރު ހޭންޑަލް ކުރެއްވީ އިހުލާސްތެރިކަމާއި ކެތްތެރިކަމާއި މަޑުމައިތިރި ކަމާއި އެކުގައެވެ. ހަނގުރާމައެއްގެ މައިދާނުގައިހެން އެ ދުވަހު އިހުލާސްތެރި ހާލިސް ހިތަކުން ރައްޔިތުންނަށް ކޮށްދެއްވި ބުރަ މަސަތްކަތުގެ ނަތިޖާއަކަށް ވެގެން ދިޔައީ ރާއީސް އިބްރާހިން މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރގެ މަގާމް އެ ބޭފުޅާއަށް ދެއްވުމެވެ.

    ސަރުކާރުން އެ ބޭފުޅާއަށް އިތުބާރު ކުރައްވާ ކުންފުނި ހަވާލު ކުރެވީ ނުހަމު މާތް މަތިވެރި މަގުސަދެއްގައިކަން ޔަގީނެވެ. ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމައް މިއަދު އެބޭފުޅާގެ ކުރައްވަމުން ގެންދަވާ މަސަތްކަތަކީ ލާމަސީލު މަސަތްކަތް ތަކެވެ. ދާއިރާގައި މަސަތް ކުރައްވާ މުވައްޒަފުން ތަމްރީންކޮށް  ހިދުމަތައް ނެރުއްވާ، އަލައް ވަޒީފާތަކަށް ނުކުންނަ ގިނަ ކުދިންތަކަށް ފުރުސަތުދެއްވާ ، މާދަމާގެ މުސްތަގުބަލު އުޖާލާ ކުރެއްވުމަށް ނުހަނު އިސްކަމެއް ދެއްވައެވެ. ސަރުކާރާއި ގުޅިގެން އެމްޑީ ސަރީފް ކުރައްވަމުން ގެންދަވާ މަސަތްކަތަކީ މުޅި ގައުމާއި ، ގައުމުގެ ރައްޔިތުންނާ ގުޅިލާ މެހިފައިވާ މަސަތްކަތެއްކަމުން ، މި މަސަތްކަތް ކުރުމުގައި އެމްޑީ ސަރީފު ދައްކަވާ ނަމޫނާއަކީ އެ ދާއިރާގައި މަސަތްކަތް ކުރައްވާ އެހެނިހެން ބޭފުޅުންނަށް ނަމޫނާ މަސަތްކަތްތަކެކެވެ.

    ކަމަށް ކަމޭހިއްތަވައިގެން ދައުލަތަށް ވަފާތެރި ކަމާއެކު ކުރިންވެސް ކުރަމުން އައި މުހިންމު މަސަތްކަތް އެ ބޭފުޅާ މިހާރުވެސް ކުރައްވަމުން ގެންދަވަނީ ތަފާތެއް ނެތިއެވެ. ނުވަތަ އެއަށްވުރެ ވެސް ފުރިހަމަކޮށެވެ. ބަޔަކަށް ކިތަންމެ ހަޖަމް ނުވިއަސް އެހުޅުކޮޅު ނިއްވާލުމަށް އެތެރެއާއި ބޭރުން ކިތަންމެ ހަމަލާއެއް ދިނަސް ސަރީފު ހުންނެވީ ސާބިތިކާއި އެކު ކުރިއަށް ވަޑައިގަތުމަށެވެ. ރައްޔިތުންނަށް ދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަކޮށް ގައުމުގެ ތަރައްގީ ހަލުވި ދުވެލީގައި ކުރިއަށް ގެންދެވުމަށެވެ.

    އެމްޑީ ސަރީފުގެ އަގު ވައްޓާލުމަށް އެތައްކަމެއް ބަޔަކަށް ކުރެވިއްޖެއެވެ. ކުރަމުންވެސް ދެއެވެ. އެހެން ނަމަވެސް ކުޅަދާނަކަމާއި ކެތްތެރިކަމުގެ ނަތީޖާއިން ސަރީފު ކުރައްވާ މަސަތްކަތް މިއަދު ގައުމު ބަލައިގެންފިއެވެ. އެހުޅުކޮޅު ނިވާލެވޭނެ މާބޮޑު ހަކަތައެއް އިދިކޮޅަކުނެތެވެ. ބައެއް ފަރާތްތަކަށް މިއަދު ޝަރީފުގެ މަސްތްކަތް ހަޖަމްކުރަން އުނދަގޫ ވެސް ވެދާނެއެވެ. ބަލައިގަންނަން އުނދަގޫ ވެސް ވެދާނެއެވެއެވެ. އެއީ ސަރުކާރަށް އެންމެ ބޮޑަށް ތާއިދާއި ސަޕޯރޓް ހޯއްދަވާ ދެއްވުމުގައި ސަރީފުގެ މަސަތްކަތް ތަފާތުވެފައި އެހެން ގިނަ މީހުންނަށްވުރެ ޝަރީފުގެ މަސަތްކަތުގެ ދުވެލި ބާރުވެފައި ހަލުވި ވުމެވެ.

    ]]>
    Fri, 26 May 2023 13:56:22 +0500 ޒުރޫ
    އިމުގެ މައްސަލަ: ތިން ނައިބުންގެ މަސްލަހަތު ފުށުއެރުން https://heerasnews.com/1437 https://heerasnews.com/1437 ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލަ ނިންމި ގޮތާ މެދު އުފެދިފައިވާ ބަހުސްގައި ބާ ކައުންސިލުން ދެކޭ ގޮތް ހާމަކޮށް ރައުޔެއް ނެރެގެން ނުވާނެ ޔޯލައެވެ. ބާ ކައުންސިލުން މައްސަލަ ދިރާސާ ކުރުމަށްފަހު އެއްވެސް ރައުޔެއް ނެރުމުގެ ހައްގެއް ބާ ކައުންސިލަކަށް އޮވެގެން ނުވެ ޔޯލައެވެ. ރާއްޖޭގެ އިމުގެ މައްސަލައިގައި ބޮޑުތަނުން އިހުމާލުވެފައިވާ ކުރީގެ ތިން ބަންޑާރަ ނައިބުންނަށް ނޫނީ އިމުގެ މައްސަލައިގައި އެއްޗެއް ބުނުމުގެ ހައްގެއް އޮވެގެން ނުވެޔޯލައެެވެ. ކިހާ ބިޑު އަރަތެއް ހެއްޔެވެ.

    ޑރ. މުނައްވަރާއި އާޒިމާ ޝަކޫރާއި ދިޔާނާ ސައިދަށް ނޫނީ ގާނޫނާއި ހަމަޔާ އުސޫލެއް އެނގޭ ކަމަކަށް ނުވެއެވެ. އެހެން މީހުން ގާނޫނު ދަންނަ ކަމަކަށް ވެސް ނުވެއެވެ. ރާއްޖޭގެ ބާ ކައުންސިލުން އެކަމާމެދު އެއްޗެއް ބުނެވެން ނެތް ކަމަށް ކުރީގެ އެ ތިން ބަންޑާރަ ނައިބުން ދައްކަވާ ހުއްޖަތަކީ ފެންނުހިފޭ ހޮޅިވާހަކަ ތަކެކޭ ބުނެވޭ ވަރުވެއެވެ. ގާނޫނީ ގޮތުން ކިތަންމެ ފުންނާބު އުހަސް މިހާރު އެ ކުޅުއްވަނީ ސިޔާސީ ޗަރުކޭހެވެ. 

    ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިމުގެ މައްސަލާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ހިލާފް ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް ވިދާޅުވެ އެއީ ސަރުކާރުން ވީ އިހުމާލެއް ކަމަށް ދައްކަވަން އިސްކޮށް އުޅުއްވާ ތިން ބޭފުޅުން ދައްކަވާހާ ވާހަކައަކީ ތެދެއް ނޫންކަމަށް ވެދާނެ ގޮތަކަށް ގާނޫނީ ގޮތުން އެހެން ބަޔަކު ޗެލެންޖެއް ކޮށްފާނެތީ ބިރުފުޅުގެން ވަޑައިގަންނަވާނީ ތާއެވެ. ހައްދަވާ އިތުރުފުޅުތަކާ އޮޅުވާ ލެއްވުންތައް ރައްޔިތުންނަށް ހާމަވެ އެ ތިން ބޭފުޅުންގެ އިތުބާރު ކެނޑިދާނެތީ ހާސްވެ ވަޑައި ގަންނަވަނީތާއެވެ. ބާ ކައުންސިލުން މައްސަލަ ދިރާސާ ކުރުމަށް ފަހު އެ ކައުންސިލްގެ ރައުޔެއް ހާމަ ކުރުމަކާ އެ ތިން ބޭފުޅުންނަކާ ކީކީ ހެއްޔެވެ.  

    ބާ ކައުންސިލްގެ ރައީސާއި އެގްޒެކެޓިވް ކޮމެޓީގެ ބައެއް މެމްބަރުން އެ މައްސަލާގައި ފެނިވަޑައިގެން ރައުޔެއް ކުރިން ހާމަ ކުރެއްވިޔަތީ ސަރުކާރު ދިފާއުކުރާ ކަމަށްވެ އެ ބޭފުޅުން ހިމެނޭ ކައުންސިލަކުން ރައުޔެއް ނެރުމަކީ ބޮޑުފާފައަކަށް އެ ތިން ބޭފުޅުން އެބަ ހައްދަވައެވެ. ބާކައުންސިލްގައި ތިއްބަވައިގެން ވެސް އެ ތިން ބޭފުޅުން ދައްކަވާ ރާގުގައި އެގޮތަށް  ވާހަކަ ދައްކަވާ ނަމަ އެކަން ނިކަން ރަނގަޅުވެފައި އޮއްޓަރު ހުރި ހައްގު ވާހަކަ އަކަށް ވީހެވެ.

    މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަކީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރަކަށް ވާއިރު އިމުގެ މައްސަލާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތުމަކީ ކަމުގެ ހަގީގަތް ހާމަކުރަން ބާ ކައުންސިލުން ރައުޔެއް ނެރުން މަނާ ކުރާ ގާނޫނީ ހުއްޖަތެއް ނޫނެވެ. ސިޔާސީ ގޮތުން ކަތިލެވޭ ކަންބަޅިއަކަށް ރިފްއަތު ހައްދަވަން މުނައްވަރުމެން އިސްވެ ތިއްބަވައިގެން ތޫނުކުރާ ހަތިޔާރުގެ މިޔަކޮށޭ ޒާތުގެ ކަމެއް ބާ ކައުންސިލެއް ކަމަކު ކޮށްގެން ނުވާނެތާއެވެ. ބާކައުން ސިލުން ވިޔަސް ހައްގު ބަހެއް ބުނެ ރައުޔެއް ނެރެގެން ސަރުކާރުގެ ނިންމުމަށް ކުޑަވެސް ބުރަދަނެއް ލިބެންޏާ އެ ތިން ބޭފުޅުންނަށް މަސްލަހަތު ފުށުއަރާ ކަމަށްވެސް ވާނެއެވެ.

    ރާއްޖޭގެ ހުރިހާ ވަކީލުންގެ މެޖޯރިޓީ ވިސްނުން ހާމަވާނެ ގޮތް ކުރީގެ ތިން ބަންޑާރަ ނައިބުންނަށް އެބަ އެނގިވަޑައިގަނެއެވެ. އެ ތިން ބޭފުޅުންގެ ޒާތީ ތައައްސަބުން ފުރިގެންވާ ސިޔާސީ ހީލަތްތެރި ރޭވުން ގާނޫނީ ނަޒަރަކުން ސާފުވަކަށް އެ ބޭފުޅުންނަކަށް ނުރުހެވޭނެއެވެ.

    ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިމުގެ މައްސަލާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ހިލާފް ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމުމާމެދު ބާ ކައުންސިލަށް ރައުޔު ނެރެވޭނެ ކަމާ މެދު ސުވާލު އުފައްދަވާ ކުރީގެ ތިން ބަންޑާރަ ނައިބުންނަށް ވިސްނިވަޑައި ނުގަންނަވާ ކަމެއް އެބައޮތެވެ. އެ ނިންމުމާއި މެދު އެއްވެސް ހައިސިއްޔަތަކުން އެތިން ބޭފުޅުން އެއްޗެތި ވިދާޅުވުމުގައި ހުރި މަސްލަހަތު ފުށުއެރުމެވެ. 

    ޑރ. މުނައްވަރުގެ ބަންޑާރަ ނައިބު ކަމުގައި ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިން ތެރެއަށް ޗާގޯސް އައިލެންޑްސް ނުވައްދާ އައްޑޫއާއި ހަމައިން ރާއްޖޭގެ ސިޔާސީ ސަރަހައްދު ނިންމާލައި ކަނޑުގެ ސަރަހައްދުގެ ގާނޫނުގެ ހުރިހާ އަކުރާއި ފިއްޔާ ލިޔުއްވާ މަޖިލީހުން ފާސްކުރެއްވި ކުރެއްވުމެވެ. ރާއްޖޭގެ އުތުރުން އިންޑިއާ އާއި ލަންކާ އާއި ފުށުއަރާ ސަރަހައްދުގެ ކްލައިމް ނުކުރައްވާ އިގްތިސާދީ ސަރަހައްދު ބަހާލައިގެން ހުންނެވި ހުންނެވުމެވެ. 

    ދިޔާނާ ސައީދު ބަންޑާރަ ނައިބުކަމުގައި ހުންނަވި އިރުވެސް  ޗާގޯސްގައި ދިރިއުޅޭ ބަޔަކު ނެތެވެ. އެހެނެއް ކަމަކު އިނގިރޭސީންނާއި އެކު އިގްތިސާދީ ސަރަހައްދު ބައިކުރުމުގެ އެއްބަސް ވުމެއް ހަދައިގެން ރާއްޖޭން އެ އެއްބަސްވުމުގައި ސޮއިކުރުވުމުގާ އަމަލީ ގޮތުން އުޅުއްވި އެއްބޭފުޅަކީ ދިޔަނާއެވެ. އަނެއްކޮޅުން ޗާގޯސްގެ ސިޔާދަތީ ބާރު ހޯއްދަވަން ކުޑަވެސް މަސައއްކަތެއް ނުކުރެއްވައެވެ. ރާއްޖޭގެ އުތުރުން ގެއްލުވާލާފައިވާ ބައި ހޯއްދަވަން މަސައްކަތް ނުކުރެއްވުމާއި ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު އިސްލާހުކޮށް ފުށުއެރުން ބައިކުރަން އޮންނަ އޮތުން އިސްލާހުނުކޮށް ހުންނަވާ އެވާހަކަ ދިޔާނާ މިހާރު ދެއްކެވުމަކީ ޖޯކެކެވެ. ފިތުނައެކެވެ. އިހުމާލެކެވެ.  

    އަޒިމާ ޝަކުރުގެ އިހުމާލު އަދި މާބޮޑެވެ. ކުރިން ބުނެވި ދިޔަހާ ކަންކަން އެހެން އޮއްވާ ބަންޑާރަ ނައިބު ކަމުގައި އެކަން ކަން އިޔާދަ ކުރައްވަން ލިބިވަޑައިގެން ފުރުސަތު ގެއްލުވާލި ގެއްލުވާލުމެވެ. މޮރިޝަސްއިން ޗާގޯސް ހޯދަން އދގައި އެންމެ ގަދަޔަށް މަސައްކަތް ކުރިއިރު ރައީސް އޮފީހުގެ ލީގަލް މިނިސްޓަރުގެ ގޮތުގައި ހުންނަވައިގެން ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯއްދަވަން އެއްވެސް ކަމެއް ނުކުރައްވާ ހުންނެވީއެވެ. ކުޑަމިނުން މޮރިޝަސްގެ މައްސަލައިގެ ތެރެއަށް ތަދައްހުލު ވެލެއްވުމުގެ ވިސްނުން ނެތި މޮރިޝަސްގެ ސިޔާދަތަށް ޗާގޯސް ވަންނަންދެން އަޅާނުލައްވާ ހުންނެވި ހުންނެވުމެވެ.

    މިހުރިހާ ކަމަކަށް ވުރެވެސް ބޮޑު އަނެއް ކަމަކީ ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނާގޮތަށް އިގްތިސާދީ ސަރަހައްދު އދގެ ކޯޓަކުން ބެހިބެހުން ކުށްވެރިކޮށް ގާނޫނީ ފަންނުގެ އަގުވައްޓާލަން ގާނޫނީ މާހިރުންގެ ނަމުގައި ކުރައްވާ ބާތިލު ކެންޕޭނެވެ. ރިޔާސީ އިންތިހާބު ބޯމަތި ވެފައިވަނިކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ޑރ. މުނައްވަރު އިސްވެ ހުންނަވައިގެން ރައްޔިތުންނަށް އޮޅުވާލައްވާ އޮޅުވާލެއްވުމެވެ. ތިމާމެންގެ އިހުމާލުން ބޮޑެތި ގެއްލުންތައް ދެއްވާފައި މަގާމު ގެއްލި ވަޑައިގެންފައި ތިއްބެވި ތިން ބޭފުޅުންނަކީ އިމުގެ މައްސަލާގައި ފާސިގުންނޫން ބަޔަކަށް ނުވާނެއެވެ. ހެއްދެވިހާ ގޯސްތައް ދިފާއުކުރެއްވުމަށް އުޅުއްވާ ތިން ބޭފުޅުން ތިއްބެވީ ނިކަން ރަނގަޅަށް ނަގޫ ގޮއްޖެހިފައެވެ. އެހެން ވީމާ ކަމެއް ހަމަމަގަށް އެޅުވުމުން ހަމަލަމަ ގެއްލުވާލަން އުޅުއްވެނީއެވެ.

    ހަމަތެދެކެވެ. ބާ ކައުންސިލްގައި މިހާރުގެ ބަންޑާރަ ނައިބު އިންނަވައިގެން ބާ ކައުންސިލުން ދިރާސީ ރައުޔެއް ނެރުމުގައި މަސްލަހަތު ފުށު އަރަންޏާ ބަންޑާރަ ނައިބުކަންކޮށް ބޮޑުތަނުން އިހުމާލުވެފައި ތިބި ބަޔަކު އިމުގެ ވާހަކަ ދެއްކީމާ މާބޮޑަށް މަސްލަހަތު ފުށުއަރައެވެ.

    ]]>
    Wed, 24 May 2023 13:56:00 +0500 ހީރަސްނިއުސް
    ދުންޔާއަށް: ރައީސްއޮފީހުގައި އިންނަވަން ފިޓީ ހަމަ އިބޫ https://heerasnews.com/1432 https://heerasnews.com/1432 އަންތަރީހެއް ނުވާނެ ހެއްޔެވެ. ރައީސް އޮފީހުގައި އިންނަވަން ފިޓް މީހަކީ ދުންޔާއެއް ޝުއައިބު ޝާހެއް ކާނަލް ނާޒިމެއް މައުމޫނެއް ނޫނެވެ. ރައީސް އޮފީހުގައި އިންނަވަން ފިޓް މީހަކީ ރައްޔިޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން އެއްބުރުން 2018ގައި ރައްޔިތުން ވެރިކަމަށް އިސްކޮށްފައި ހުންނެވި ރައީސް ސޯލިހު ނޫން ދެވަނަ މީހެއް ނޫނެވެ.

    ދުންނާ މައުމޫނެވެ. ކިތަންމެހާވެސް ގަދަރުކުރަން ބޭނުމެވެ. އެއްޗެއް ނުބުނެވޭތޯ ލައްކަ ބަލަމެވެ. އެކަމަކު ތިޔަ އުޅުއްވާ ގޮތުން ދުލެއް ނެތްމީހަކު ދުލެއް ގަނެގެންވެސް އެއްޗެއް ނުބުނެވޭ ވަރެއް ނޫނެވެ. ދަންނަވަން ތޯއެވެ. ބިޑަށް ނުލައި ފަޅުތައް ބެއްސެވީ ކަމަނާގެ ހަރިޖީ ވަޒީރުކަމުގައި ކަމަނާގެ ބޮޑު ބޭބޭފުޅެވެ. އޭގެކުރިން ކަމަނާގެ ބައްޕާފުޅާ ކުޑަބޭބޭފުޅެވެ.

    ރައީސް ސޮއި ކުރައްވަން ޖެހިވަޑައި ގަންނަވާ އެއްޗެއްވެސް އެނގިވަޑައި ގަންނަވަނީ ކަމަނާމެނަށް ތޯއެވެ. މިހާރު ދިވެހި ރައްޔިތުން ގެ ރައީސްއަކީ ބައްޕާފުޅެއް ބޮޑުބޭބޭފުޅެއް ނޫނެވެ. އެދުވަސް ހިނގައްޖެއެވެ. އަދި ތިޔަ އުޅުއްވާ ގޮތަކުން ކަމަނާއަކަށްވެސް ހުވަފެނެއްގައިވެސް އެހިސާބަށް ވަޑައިގެންނެވޭނެ އެކޭ ހިތެއް ނުބުނެއެވެ.

    ދައުލަތުގެ ރިސޯސްގެ ވާހަކަ ދައްކަވާއިރު ކަމަނާމެންގެ އާއިލާއިން ނެއްޓިގެން މުސްތަޤުބަލުގެ ރިސޯސްއެއް ގައުމުން އެހެން މީހަކާ ހަމަޔަށް އައިސްފައި އެބަ އޮތް ހެއްޔެވެ. ހަމަ އެކައްޗެއް ނެތެވެ. ވާނީ އެހެންތާއެވެ. ތިޔައިން ކޮންމެ ބޭފުޅަކުވެސް ތިއްބެވީކީ ފުރޭޒާތުގެ ގޮނެއް ހިޕަވައިގެނެއް ނޫން ވިއްޔާއެވެ. ބައްޕާފުޅު މައުމޫނާއި ބޮޑު ބޭބޭފުޅު އިލްޔާސްއައި ބޮޑު ބޭބޭފުޅު ޔާމީނާއި ފިރިކަލުން ޝުއައިބު ޝާހު ރާއްޖޭގައި ތިބި އެންމެ މުއްސަނދި 10 މީހުންގެ ތެރޭގައި ފޯރބްސް ގުނަނީ ހަމަ އެކައްޗެއްވެސް ފަރިއް ނުކުޅުވާ ތިއްބެވީތީއެވެ.

    އިނގިރޭސި ރަސްގެފާނު ޗާލްސް ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހުގެ ދެ ކަނބަލުން އިނގިރޭސި ވިލާތަށް ވަޑައިގެންނެވީތީ ދުންޔާ ތިޔަ ވެވަޑައިގަތީ މާ ދެރަފުޅެއް ވިއްޔާއެވެ. ވާނީ އެހެންތާއެވެ. ކުޑައިރުއްސުރެ ކަށީގެ މަދަށް ދާންދެން ދައުލަތުގެ މިލްކިއްޔާތުން ކަޅިވެފައިވާ ދުންޔާ ފަދަ ބޭފުޅުނަށް ކުރައްވާ އަސަރު ބޮޑުވާނެއެވެ. ދެރަފުޅު ވާނެއެވެ. ކަރުނަ އެޅުއްވޭނެއެވެ. އެެހެން ނޫންނަމަ ބައްޕާފުޅު ތަމްސީލު ކުރައްވަން މިއަދު އެތަނަށް ވަޑައިގެން ހުންނަވާނީ ދުންޔާ ވިއްޔާއެވެ.

    ދަންނަވަންތޯއެވެ. ތިޔަ އުޅުއްވަނީ ރައްޔިތުންގެ ފައިސާ އިސްރާފު ވާތީއެއް ނޫނެވެ. ކަމަނާމެން ރައްޔިތުންނަށް ހައްގު މިންވަރު ދެއްވިނަމަ މިއަދަކު ތިޔައިން ކޮންމެ ބޭފުޅެއްގެ އެކައުންޓުގައި ބިލިއަން ފައިސާ ލަވަކިޔާލަ ކިޔާލާ ނުއޮތީހެވެ. ތިޔަ އުޅުއްވަނީ ގެއްލުނު ލައްޒަތުގެ މަސްތުގައި އަދިވެސް ކަންފުޅެއް ވޭތޯއެވެ. 

    ދުންޔާ މައުމޫނެވެ. ނިކަން ވިދާޅުވެ ބައްލަވާށެވެ. ކަމަނާމެންގެ ކުޑައިރުއްސުރެ ހުއްޓާނުލާ ސަރުކާރުގެ ހަރަދުގައި އިގިރޭސި ވިލާތަށާއި އެތަން މިތަނަށް ބައްޕާފުޅުމެން ބޮޑެތި ފައުޖު ގޮވައިގެން ވަޑައިގަތީ ދައުލަތުން ލޯލާރިއެއްވެސް ހަރަދު ނުކުރައްވާތޯއެވެ. ކަމަނާއާއި އާއިލީ ބޭފުޅުން އިގިރޭސިވިލާތާއި އެތަން މިތަނުގައި ތިއްބެވީ ދައުލަތުގެ މިލްކިއްޔާތަކީ ވާރުތަ މުދަލަށް ވެގެންތޯއެވެ. ހާރިޖީ ވަޒީރު ކަމުގައި ހުންނެވި އިރު ޒޫމް ކޯލަކުން ކަންކަމުގައި ބައިވެރިވެ ވަޑައި ނުގެން ދުނިޔޭގެ އެތަން މިތަނަށް އުދުހި ވަޑައިގަތީ ދައުލަތުގެ މާލިއްޔާއަކީ އަމިއްލަފުޅު މިލްކަކަށް ވާތީތޯއެވެ. 

    ]]>
    Mon, 22 May 2023 18:33:10 +0500 ހީރަސްނިއުސް
    ނަޝީދުގެ ސިޔާސީ މަރުބަލި https://heerasnews.com/1428 https://heerasnews.com/1428 ކަމެއް ނުކުރާނެ ކަމަށް ކެނެރީގޭ ނަޝީދު ގަދަ ބަސް ބުނެފިތަ! އެކަމެއް ލަހެއް ނުވެ ކުރާނެއެވެ. އެނާގެ ސިޔާސީ ހަޔާތުން ފެންނަނީ އަބަދުވެސް އެ ސިފައެވެ. އެމްޑީޕީގެ ވެރިކަމެއްގައި ދުވަހެއްގައިވެސް ރާއްޖޭގެ ވެރިކަން ނުކުރާނަމޭ ބުނި މީހާ އެ ހުންނަނީ ވެރިކަމައިގެން ބަނޑުކެނޑިފައެވެ. އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފުރަތަމަ ފަހަރު ޕްރައިމަރީ ހިލައިލައިގެން ޕާޓީ ޓިކެޓް ހޯދީ ވެރިކަން ކުރަން ބޭނުން ނުވާ މީހާއެވެ. 2013 ވަނަ އަހަރު ގެ ރިޔާސީޓިކެޓް އަތުލީ ޕްރައިމަރީ އަކާނުލައެވެ. 2018 ގެ ރިޔާސީ ކެންޑިޑޭޓަކަށް ކުފޫ ހަމަ ނުވާއިރުވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ މައްޗަށް ސަވާރުވެގެން އޮތީ ވެރިކަން ބޭނުން ނުވާތީއެވެ. ކިހާ ބަހާ އަމަލު ދިމާވޭ ހެއްޔެވެ. އާނއެކެވެ. ނަޝީދު ވެރިކަމެއް ބޭނުމެއް ނޫނެވެ.

    2018 ގައި ރައީސް ސޯލިހުގެ ވެރިކަން ފެށުމާއެކު މިނިވަން ކޮށްދިނުމުން ގައުމަށް އައިގޮތަށް އައިސް ބުނީ ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓާ ނަގަހައްޓާ އެއްބާރުލުން ދީގެން ގުޅިގެން ކުރިއަށް ދާނެ ކަމަށެވެ. ވެރިކަން ކުރާ ކޯލިޝަނާއެކު ކުރިއަށް ދިއުމުގައި އިސްވެ ހުންނާނެކަމަށެވެ. ކަންކުރީ ދިމާ އިދިކޮޅަށެވެ. ކޯލިޝަން ޕާޓްނަރުން ވެރިކަމުން ބޭރު ނުކޮށްގެން އުޅެންފެށީ ފަޔަށް ހިނިއަރައިގެން އުޅޭބީދައިންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ކޯލިޝަން އެއްބަސްވުމުގެ އެއް ބައި ވާކޮށްލިއެވެ. 2018ގައި އެމްޑީޕީ ކޯލިޝަން ވެރިކަމަށް ގެންނަން މަސައްކަތްކޮށްދީން އުކާލި 12 މެންބަރުންނަށް ކެހިދިނެވެ. އެކަމަކު ނަޝީދު ބާރެއް ވެރިކަމެއް ބޭނުމެއް ނޫނެވެ.

    މިއަދު އެ ދައްކާ ޗަރުކޭ ދައްކަން ސިޔާސީ ފޫޅު ނުވެއްޓޭ ކުޑަކުއްޖަކާ ވާދަކޮށް މާލޭގެ ގޮނޑިއެއް ހަނި އަގުލަބިއްޔަތަކުން ހޯދައިގެން މަޖިލީހަށް ވަނެވެ. މަޖިލިސްގެ ރިޔާސަތު ބޭނުމެއް ނޫނޭ ބުނެ ނިކަން ރަގަޅަށް ދެ ފެކްޝަން ހައްދައިގެން މަޖިލީހުގެ ރައީސްކަމުގެ ގޮނޑިއަށް އަސްލަމާއި އަފީފު ލައްވާ ތަޅުވާ ފަހު ވަގުތު މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ހަކި ހިއްޕާލިއެވެ. އީވާއާއި ވެސް އެކުގައެވެ. އެކަމަކު ނަޝީދު ވެރިކަމެއް ބޭނުމެއްނޫނެވެ. 

    ދެނަކާ ދެނެއްނެތެވެ. އެއްކަލަ ނުކުރާން ބުނި މަޖިލިސްގެ ރައީސްކަން ހިތުހުރި ގޮތަކަށް ނަޝީދު އެހުރެ ކުރަނީއެވެ. ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓާ ނަގަހައްޓާ އެއްބާރުލުން ދީގެން ގުޅިގެން ކުރިއަށް ދާން ބުނި ނަޝީދު ވީ ރައީސް ސޯލިހުގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ސުންޕާއަށެވެ. އިދިކޮޅަށްވުރެ އިދިކޮޅުވެ ނާޅުވާ ވަގު ބަދުނާމެއް ނުދައްކާ ދޮގު ވާހަކައެއް ނުފަތުރާ ފިތުނައެއް ނެތެވެ. ޕާޓީ ހަރުފަތަކަށް ބޭނުންކޮށްގެން ސަރުކާރުގެ ތެރޭގައި ކަތުރުފަނި އަޅުވާ ރައްޔިތުންގެ މަޖިލީހަކީ އިދިކޮޅު މައި ހަރުގެއަށް ހެދިއެވެ. އެކަމަކު ނަޝީދު ވެރިކަމެއް ބޭނުމެއްނޫނެވެ. 

    އެންމެ ފަހުން އޮތް ޕްރައިމަރީން ބަލިވެއްޖެނަމަ ގޭގައި އޮންނަން ބުނިމީހާ އުޅޭ ހުތުރުގޮތް ދެކިބަލާށެވެ. ބާރަ މެންބަރަކަށް ހުވަފެން ދައްކައިގެން އެމްޑީޕީން ކަނޑުވާ އެމްޑީޕީގެ ވަގުތުން އެމީހުން ލައްވާ ވައްކަންވެސް ކުރުވީއެވެ. ތިމަން ރިޔާސަތުގައި އިދެ އެމްޑީޕީން ކެނޑުނު މެންބަރުން ވަކިވީ ކަމަށް ނުބަލާނަމޭ ބުނީ ބުރާސްފަތި ދުވަހުއެވެ. އާދިއްތަ ދުވަހު އެކަން ކޮށްފިއެވެ. އަނެއްކޮޅުން ތިމަންނަމީ އެމްޑީޕީއޭ ބުނެ އެމްޑީޕީއަކުން ނުކެނޑެނަމޭ އެމްޑީޕީން ކެޑެން ޖެހޭނީ ރައީސް ސޯލިހޭ ބުނެ އޮތީ ގަދަބަސް ބުނެފައެވެ. މިތިބީ ބަލާށެވެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރާހިތުން ނުހުރެވިގެން އެމްޑީޕީން ކެނޑި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓް ވެގެން ރިޔާސީ އިންތިހާބަށް ނިކުންނާނެއެވެ. އެންމެ ފަހުން ނަޝީދުގެ ސިޔާސީ މަރުބައްޔަކީ ފިކުރުގެ ދިރުމަށްވެ ހުތުރު ބައްޔަކުން ބަލިވާތަން ދެކެން ތިބޭނަމެވެ. އެކަމަކު ނަޝީދު ވެރިކަމެއް ބޭނުމެއްނޫނެވެ. 

    ]]>
    Mon, 22 May 2023 15:02:28 +0500 ހީރަސްނިއުސް
    ހުދުމުހުތާރު ވެރިންގެ ސިފަ https://heerasnews.com/1425 https://heerasnews.com/1425 ހުދުމުހުތާރު ވެރިންގެ ގޮތްތައް ހުދުމުހުތާރު ވުމުގައި އެއްގޮތް ނުވެދާނެއެވެ. އެ މީހެއްގެ ވެރިކަމުގެ ޙާލަތަށް ބަލާފައި ވަރަށް ބޮޑަށް އެކެއް އަނެކަކާއި ތަފާތު ވެދާނެއެވެ. ނަމަވެސް ގިނަ ފަހަރަށް ހުދުމުހުތާރު ވެރިކަމާ ގުޅިފައިވާ ބައެއް އާންމު އުސޫލުތަކާއި ސިފަތައް އެބަހުއްޓެވެ. މިހުރީ ހުދުމުހުތާރު ވެރިން ތަބާވާ އާންމު މަދު އުސޫލު ތަކެކެވެ.

    ބާރު ވަރުގަދަ ކުރުން: 

    ހުދުމުހުތާރު ވެރިން އާންމުކޮށް މަސައްކަތް ކުރަނީ އެ މީހުންގެ އަތުގައި ބާރު ޖަމާކޮށް، ކުރިމަތިވެދާނެ އިދިކޮޅު ފަރާތްތައް ނައްތާލުމަށް ނުވަތަ ބާކީ ކުރުމަށެވެ. ވެރިކަން ކުރަން ބޭނުން ވާނީ ސިޔާސީ އިދިކޮޅު ފަރާތްތައް ފިއްތާލައި، މީޑިއާ ސެންސަރުކޮށް، އަސްކަރީ އަދި ސަލާމަތީ ބާރުތައް ކޮންޓްރޯލް ކޮށްގެންނެއެވެ.

    ޝަޚުޞިއްޔަތުގެ ކަލްޓް:

    ހުދުމުހުތާރު ވެރިން އެ މީހުންގެ ވަށައިގެން ޝަޚުޞިއްޔަތުގެ ކަލްޓެއް އާލާކޮށް، ވަރުގަދަ ލީޑަރުންގެ ގޮތުގައި ސިފަކޮށް، ކުށެއް ނެތްކަމުގެ ތަޞައްވުރެއް ކުރިއަރުވައެވެ. މި ތަސްވީރު ދެމެހެއްޓުމަށާއި، ޚިޔާލު ތަފާތުވާ އެއްވެސް ވިސްނުމެއް ނެތި ފިއްތާލުމަށްޓަކައި އެ މީހުން ގިނައިން ބޭނުން ކުރަނީ ޕްރޮޕެގެންޑާއާއި ކޮންޓްރޯލް ކުރާ މީޑިއާއެވެ.

    މަދަނީ މިނިވަންކަން ހަނިކުރުން: 

    ހުދުމުހުތާރު ވެރިން އެތައް ފަހަރަކު އެއް ވާހަކައެއް ދައްކާ އަސްލު އޮޅުވާލުމާއި، ގިނަ ގިނައިން އެއްވެ އުޅުމާއި، ޖަމާޢަތް އުފެއްދުމުގެ މިނިވަންކަން ފަދަ މަދަނީ މިނިވަންކަން ހުޅުވާފައި އޮވެމެ ކުދިކުދި ދަތި ކަންކަން ކުރިމަތި ކުރުވާ ކަން ފުރިހަމަ ނުވާނޭގޮތަށް ކަންކަން ތަރުތީބު ކުރެއެވެ. ހަރުކަށި ސެންސަރުތައް  ހެދުމާއި، ސިޔާސީ ޕާޓީ ނުވަތަ ޖަމިއްޔާތައް މަނާކުރުން ވެސް އެއީ ކޮށް އުޅޭކަމެކެވެ. އިދިކޮޅަކަށް ފާޑުކިޔުން މަނާކުރުމާއި، އަމިއްލަޔައް ވާދަވެރި ޕްރައިމަރީ ތަކުން މަނާވެގަތުން ހިމެނެއެވެ.

    ޝަރުއީ ނިޒާމު ކޮންޓްރޯލް ކުރުން:

    ޝަރުއީ ނިޒާމު މެނިޕުއަލޭޓް ކުރުމާއި ކޮންޓްރޯލް ކުރުމަކީ އެ މީހުންގެ ވެރިކަން ގޮންޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް ކުރާ ކަމެކެވެ. ވެރިކަމަށް އަތުވެދާނެ ކަމަށް ހީވާ ނުރައްކާތަކާއި ކުރިމަތިލުމަށް ވަފާތެރި ފަނޑިޔާރުން އައްޔަންކޮށް، ގާނޫނީ ޝަރީއަތް ތަކަށް ވަދެގަނެއެވެ. ނުވަތަ ހާއްސަ ކޯޓުތައް ގާއިމް ކުރާނެއެވެ.

    އިދިކޮޅު ފިއްތުންތައް ފިއްތާލުން: 

    ޑިމޮކްރަސީން ، ޑިކްޓޭޓަރަކަށްވާ ވެރިން އިދިކޮޅު ފިއްތުންތައް ނެތި ކޮށްލުމަށް ސިޔާސީ ގޮތުން ދޭ ފިއްތުން ތަކާއި، ޖަލަށްލުމާއި، އަނިޔާ ކުރުމާއި، ޝަރީޢަތުގެ ބޭރުން ކަންކަން ކުރުން ހިމެނެއެވެ. އަދި ޚިޔާލު ތަފާތުވާ މީހުނާއި ތަފާތު ހިޔާލު ފާޅުކުރާ މީހުން މޮނިޓަރކޮށް ބިރުދެއްކުމަށް ވެސް ސަވައިލެންސް އާއި އިންފޮމޭޓަރުން ބޭނުން ކުރާނެއެވެ.

    އިންތިޚާބުތައް މެނިޕުއަލް ކުރުން: 

    ހުދު މުހުތާރު ވެރިން އިންތިޚާބުތައް ބާއްވަނީ ޝަރުޢީ ކަމުގެ ސިފައެއް ދެމެހެއްޓުމަށެވެ. ނަމަވެސް މި އިންތިޚާބުތައް ގިނަ ފަހަރަށް ވަރަށް ބޮޑަށް މެނިޕުލޭޓް ކުރުމާ އެމީހުންގެ ފައިދާއަށް އޮޅުވާލައެވެ. އެ މީހުން އިންތިޚާބުގެ މަރުހަލާ ކޮންޓްރޯލްކޮށް، އިދިކޮޅު ކެންޑިޑޭޓުންނަށް ފުރުސަތު ހަނިކޮށް،  ބިރުދެއްކުމާއި މަޖުބޫރުކޮށްގެން އެދެވޭ ނަތީޖާއެއް ކަށަވަރު ކުރުމަށް މަސަތްކަތް ކުރާނެއެވެ.

    އިޤްތިޞާދު ކޮންޓްރޯލްކުރުން: 

    ހުދުމުހުތާރު ވެރިން ގިނައިން އިޤްތިޞާދުގެ މައްޗަށް ކޮންޓްރޯލް ހިންގަނީ، ގިނަ ފަހަރަށް އިޤްތިޞާދީ ފުރުޞަތުތަކާއި ވަސީލަތްތައް ހުރިހާ އެކުވެރިންނަށް ނުވަތަ ވަފާތެރި ސަޕޯޓަރުންނަށް ބައިއަޅައިގެންނެވެ. އެ މީހުން ކޮރަޕްޝަންގައި ބައިވެރިވެ، މުހިންމު ސިނާއަތްތައް މޮނޮޕޮލީކޮށް، ނުވަތަ ވަކި ޖަމާއަތް ތަކެއްގެ ވަފާތެރިކަން ދެމެހެއްޓުމަށް އިގްތިސާދީ އިނާޔަތްތައް ބޭނުން ކުރާނެއެއެވެ. 

    ބިރުވެރިކަމާއި ޕްރޮޕެގެންޑާ ޕްރޮޕަގޭޓްކުރުން :

    ތަންތަން ރޯކުރުމާއި ތަޅާފޮޅުމަށް ހިއްވަރު ދިނުމާއި، ބަލިގަބޫލު ނުކުރުމާއި، ނެތިދާ ބާރުވެރިކަން ހަޖަމް ނުވުމާއިއެކު ތާރީޚީ ވާހަކަތައް މެނިޕުއަލް ކުރުމަށާއި، އޭނާގެ ވެރިކަމުގެ ފިކުރު ކުރިއެރުވުމަށް އުޅޭނެއެވެ. 

    ބައިނަލްއަޤްވާމީ ނުފޫޒު ހަނިކުރުން: 

    ހުދުމުހުތާރު ވެރިން ގިނަ ފަހަރަށް މަސައްކަތް ކުރަނީ ބޭރުގެ ނުފޫޒު ހަނިކޮށް، އެކަހެރިކަމުގެ ފެންވަރެއް ދަމަހައްޓާށެވެ. އެއީ ބޭރު ދުނިޔެއިން މައުލޫމާތު ފޯރުކޮށްދިނުން ހަނިކޮށް، ބައިނަލްއަގްވާމީ މީޑިއާގެ ކަވަރޭޖް ކޮންޓްރޯލްކޮށް، ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް އެ މީހުންގެ ގައުމަށް ވަދެވޭނެ ގޮތްހަނި ކުރުމަށެވެ.

    ]]>
    Mon, 22 May 2023 13:13:06 +0500 ޒުރޫ
    ރައީސް ނަސީދު ރާއްޖޭގެ ޑިމޮކްރަސީ އޮޔާލުން https://heerasnews.com/1418 https://heerasnews.com/1418 އާއެކެވެ. މީގެ އަހަރުތަކެއް ކުރިން އެންމެންވެސް ހީކުރަމުން އައީ ރައީސް ނަސީދަކީ ހަމަ ހަގީގަތުގައިވެސް ވަރަށް ޑިމޮކްރަޓިކް ބޭފުޅެއްކަމަށެވެ. ރައްޔިތުން ނުހަނު އިތުބާރުކޮށް ނަސީދާއެކު މަގުތަކަށް ނުކުތީ ރައްޔިތުންގެ ހައްގު މިންވަރު ހޯދާށެވެ. ވެރިޔަކީ ރަޢިސް ނަސީދުކަމަށް ދެކިގެން އެ ބޭފުޅާ ފޮލޯކުރަމުން އެ ބޭފުޅާ ހިންގެވި މަގަކުން ރަށްޔިތުންގެ ގިނަ ބަޔަކު ހިނގިއެވެ. މި ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރަމުން ގޮސް ރާއްޖޭގެ ރައީސްކަން ވެސް އެބޭފުޅާއާއި ހަވާލުކުރެވުނެވެ.

    ނަމަވެސް ވެރިކަމުގެ ތިން އަހަރު ވޭތު ކުރުމަށް ފަހު ރައްޔިތުން ނުކުމެ ވެރިކަމުން ބޭލިއެވެ. އޭގެ ފަހުން ވެސް އެ ބޭފުޅާ ހިންގެވި މަގުންނާއި ހިނގަން ދެއްކެވިހާ މަގަކުން ރައްޔިތުމީހާ ހިނގިއެވެ. ކޮށާ ކުދިކޮށް މަގުމަށްޗައް ތިރިކޮށްލި އިރުވެސް އެ ބޭފުޅާ އާއި ރައްޔިތުމީހާގެ ހިމާޔަތުގަ ރައްޔިތުމީހާ ވިއެވެ. މިއީ ދިވެހި ތާރީހު ދައްކި ހަގީގަތެވެ.

    ނޭނގި އޮތް އެއްޗަކީ ރައީސް ނަސީދުގެ ހިތުގައި އޮތް ވެރިކަމުގެ ދަހިވެތިކަމެވެ. ވެރިކަމަށްޓަކައި ޕާޓީ އާއި އެ ބޭފުޅާއަށްޓަކައި ގުރުބާންވި ފަހުލަވާނުންގެ ބޮލަށް ފައިން އަރާފާނެކަން ދިވެހި ރައްޔިތުންގެ އެތައް ބަޔަކަށް ނޭގުނީއެވެ. އެ ބޭފުޅާގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ ރައީސް ނަސީދުގެ ބޭފުޅިޒަމް ނިޒާމަކީ ކުރީގެ ބޭފުޅުޒަމް އަށްވުރެ އެއްދަރު ހެޔޮ ބޭފުޅިޒަމްއެކެވެ.

    ބޭރުފުށުން ރައްޔިތުނަށް ފެންނަ ނަސީދު އާއި އަސްލު ނަސީދުއަކީ ދޭއްޗެކެވެ. ބޭރުފުށުން ކިތަންމެ ރައްޔިތުމީހާއޭ ދެއްކިޔަސް ނަސީދަކީ ހަގީގަތުގަ މައުމޫނިޒަމްއަށް ދޫނުކުރާނެ ފަދަ ބޭފުޅިޒަމް ބޮޑު މީހެކެވެ. އެ ބޭފުޅާގެ އަރިސްމީހުން މިކަމަށް ހެކިވާނެއެވެ. އެހެންކަމުން ސޫލާ ސަރާބި ނޫނީ އެއްވެސް އެއްޗެއް އެ ބޭފުޅާއަށް ހަޖަމެއް ނުވާނެކަމަށް ކުދިން ކިޔާއުޅެއެވެ.

    ކިރިޔާ ބާރުވެރިކަން ދައްވެލާހެން ހީވުމުން ކޮށްލިވަރު ނިކަން ދެކިލަ ބަލާށެވެ. ރާއްޖޭގެ އެންމެ ޑޮމޮކްރެޓީކް ޕާރޓީ އެމްޑީޕީ ގެ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރެވުނެވެ. ދެން މާދަމާ އިންތިހާބެއް ބާއްވާގެން ބަލިވިޔަސް ސަރުކާރާއި ، އެލެކްސަން ކޮމިސަން ހައިވާނުންނަށް ވާނެއެވެ. މީގެ އެންމެ ނުރައްކާވާ ހިސާބަކީ މީނާގެ ސަބަބުން ދެންހުރި ހުރިހާ އިންތިހާބަށް މި އަސަރުކުރުމެވެ. ޕްރައިމަރީގެ އިންތިހާބުން ބަލިވިޔަސް އެންމެން ވާދަކުރަން ފެށުމެވެ. ޕްރައިމަރީތައް ގަޑުބަޑުވުމެވެ.

    ބަލިވީމާ ޕާރޓީ ގޯސްކޮށް ލީވޯޓް ބޮލާލާ ޖަހަން ފަސްނުޖެހޭނެ ޖީލެއް އުފަން ކުރުވަނީއެވެ. ހުދުމުހުތާރުކަން އޭގެ އެންމެ ފުންމިނަށް މީނައާއި ހުރެ ދަނީއެވެ. ރާއްޖޭގެ ޑޮމޮކްރަސީއަށް ބޮޑު ތުރާލަކަށް ވީނޫންތޯއެވެ. ޅަފަތުގައި ކުރިއަރަމުން އައި ޑިމޮކްރަސީ އެތައް ގުނައަކަށް ފަހަތައް ދިޔައީ ނޫންތޯއެވެ. މިއީ ޑިމޮކްރަސީއަށް ހާދަހާވާ ހަޑި މުޑުދާރު މަންޒަރެކެވެ. ރައްޔިތުންނާއި ޑިމޮކްރަސީއަށް ކުޑަވެސް ކުލުނެތް އަގަލެއް ހުރިނަމަ ތިޔަ މަސަތްކަތް ހުއްޓާލާށެވެ. ރައްޔިތުމީހާ އަށްލިބުނު ބާރު އަނބުރާ މުށުތެރެއަށް ނުލައްވާށެވެ. ވެރިކަމުގެ ސަރުބަތައްޓަކައި ރާއްޖޭގެ ޑިމޮކްރަސީ އޮޔާލިޔަ ނުދޭށެވެ.

    ]]>
    Sun, 21 May 2023 20:12:14 +0500 ޒުރޫ
    ދެވަނަ ދައުރެއް ރައީސަށް ދޭންޖެހޭ https://heerasnews.com/1416 https://heerasnews.com/1416 އާންމުކޮށް ރައީސް ސޯލިހުގެ ނަމުން މަޝްހޫރު ވެފައިވާ އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައީސްގެ މަގާމު ފުރުއްވާއިރު، ދެވަނަ ދައުރަކަށް ރައީސަކަށް ގެނައުމަށް ބެލެވިދާނެ ބައެއް އާންމު ސަބަބުތައް ފާހަގަ ކޮށްލެވެއެވެ. ކާމިޔާބީ ތަކާއި ވައުދުތައް ފުއްދައި ދިނުން: ރައީސް ސޯލިހުގެ ކެމްޕޭން ވައުދުތައް ކާމިޔާބު ކަމާއެކު ތަންފީޒުކޮށް، ފުރަތަމަ ދައުރުގައި މުހިންމު މައިލްސްޓޯން ތަކެއް ހާސިލްކޮށްފައިވާ ވުމުން، އެއީ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުތައް ލީޑްކޮށް ފުއްދުމުގެ ގާބިލްކަން ދައްކުވައި ދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ދެވަނަ ދައުރަކަށް އެންމެ ފަހި ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހު ވެއެވެ.

    ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުން: 

    ރައީސް ސޯލިހުގެ ވެރިކަމުގައި ގައުމަށް ހަމަޖެހުން ގެނެސްދީ، އިގްތިސާދު ރަނގަޅުވެ، ވިޔަފާރިތަކަށާއި އިންވެސްޓްމަންޓް ތަކަށް ފަހިސަރުތު  ތަކެއް އުފެދިއްޖެއެވެ. އެއީ ދެވަނަ ދައުރަކަށް އިބްރާހިމް މުހައްމަދު ސޯލިހު ފުރުސަތު ދިނުމަށް ބެލުމުގައި ހެޔޮ ކަމެއްގެ ގޮތުގައި ފުދެއެއެވެ.

    ޕޮޕިއުލަރ ސަޕޯޓް: 

    އާންމުންގެ ސަޕޯޓާއި އެޕްރޫވަލް ރޭޓިންގްސްގެ މަތީ ފެންވަރަކީ ލީޑަރެއް ދެވަނަ ދައުރެއް ނެގުމުގައި ވަރުގަދަ އިޝާރާތަކަށް ވެދާނެއެވެ. އާބާދީގެ މެދުގައި ރައީސް ސޯލިހަށް ފުޅާ ދާއިރާއެއްގައި މަގުބޫލު ކަމާއި އިތުބާރު ލިބިވަޑައިގެންފަވެއެވެ، އެކަމުގެ ސަބަބުން އެމަނިކުފާނަށް އަލުން އިންތިހާބު ވުމުގެ ފުރުސަތު ވަރުގަދައެވެ.

    ކޮންޓިނިއުޓީއާއި ތަޖުރިބާ: 

    ދެވަނަ ދައުރަކަށް ރައީސަކު އަލުން އިންތިޚާބުކުރުމަކީވެރިކަން ހިންގުމުގައި ކޮންޓިނިއުޓީ ލިބި، ހިނގަމުންދާ މަޝްރޫޢުތައް ނިންމުމާއިދިގުމުއްދަތުގެ ސްޓްރެޓެޖީތައް ތަންފީޒު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމެކެވެ. މިހާރުގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް ސޯލިހުގެ ތަޖުރިބާއަކީ ހަމަޖެހުން ކަށަވަރުކޮށްދީ ކުރިއެރުން ދެމިއޮތުމަށް ލިބޭ ފައިދާއެއްގެ ގޮތުގައި ބެލެވެއެވެ.

    ފާހަގަކޮށްލަންޖެހޭ މުހިންމުކަމަކީ ލީޑަރަކަށް ދެވަނަ ދައުރެއް ދިނުމަށް ނިންމުމަކީ އެންމެ ފަހުން ވޯޓުލާ މީހުންނާއި ޑިމޮކްރެޓިކް ޕްރޮސެސްގެ މައްޗަށް ބިނާވެފައިވާ ނިންމުމެކެވެ. ސިޔާސީ ޑައިނަމިކްސް، އާންމުންގެ ޝުޢޫރު، އަދި ރާއްޖެއަށް ޚާއްޞަ އެހެން ކަންތައް ތަކުން އާޚިރުގައި ނިންމުންތައް ނިންމުމުގެ ޕްރޮސެސް ބައްޓަން ކުރެވޭނެއެވެ. ސަބަބުތައް ކިޔާ ކޮޅުން ނުލާނެހާ ވެސް ސަބަބުތައް ގިނައެވެ. ޑިމޮކްރެޓިކް އުސޫލަކުން ވިސްނާނަމަ އިބްރާހިމް މުހައްމަދު ސޯލިހުއަށް ދެވަނަ ދައުރެއް ރައީސައް ހައްގު ނުވާންވީ އެއްވެސް ސަބަބެއް ވާދަވެރި ފަރާތްތަކަށް ނުދެއްކޭނެއެވެ.

    ]]>
    Sun, 21 May 2023 19:32:00 +0500 ޒުރޫ
    ކާމިޔާބު 91 ޕްރޮޖެކްޓް ނިމި ފެނަކަ ނަފާވެރިކަމާ ދިމާލަށް https://heerasnews.com/1400 https://heerasnews.com/1400 ފެނަކަ ކޯޕަރޭޝަނުގެ ތަސައްވަރު ކިލަނބުކޮށްލަން ދަރަނީގެ ވާހަކަ ދައްކާއިރު ފެނަކައިން ރައްޔިތުންނަށް ލިބޭ ލުއިފަސޭހައާއި ކުރިއެރުމުގެ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ. ރައީސް ޔާމީނުގެ ސަރުކާރުން ފެނަކައަށް ވާރުތަކުރުވި ބޮޑު ދަރަނީގެ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ފެނަކަ އެތައް މިލިއަނަކުން ދަރުވާލިއިރު ރައްޔިތުންނަށް ދިން ހިދުމަތުގެ ފެންވަރުދަށް ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ. 

    މިސަރުކާރު އައުމުގެ ކުރީން ރައްޔިތުން ތިބި ދަތިހާލާއި އުފުލި ބުރައާއި ލިބުނު ބޮޑެތި ގެއްލުން ތަކުގެ ވާހަކަ ނުދައްކާ ފެނަކައިގެ ދަރަނީގެ ވާހަކަ ދައްކާކަށް ރީއްޗެއް ނޫނެވެ. މި ސަރުކާރަށް ވީފަހުން 91 ޕްރޮޖެކްޓް ފެނަކައިން ފުރިހަމަ ކޮށް މިހާތަނަށް އެ އޮތީ ނިންމާފައެވެ. ރަށްރަށުގައި ހުރި ހަސްނެތް ދުނބުޅި އިންޖީނުގެތައް އެންމެ މިޒަމާނުގެ އިންޖީނުގެ ތަކަކަށް އެހުރީ ބަދަލުކޮށްފައެއވެ. އެރަށަކާ އެންމެ އެކަށީގެންވާ ވަރަށެވެ. ޕަވަރ ހައުސްއާއި އިދާރީ އޮފީހެވެ. ތެޔޮ ރައްކާކުރެވޭނެ ޒަމާނީ ޓޭންކުތަކެވެ. ބޭނުން ވަރަކަށް ކަރަންޓް ފޯރު ކޮށްދެވޭވަރުގެ ބްރޭންޑް ނިއު ޖަނަރޭޓަރ ސެޓްތަކެވެ. އެންމެ ޒަމާނީ ފެންވަރުގެ ކަރަންޓް ނެޓްވޯކެވެ. ކަރަންޓް ބެލެންސް ކޮށް ހިފަހައްޓާ އެންމެ ފަހުގެ ނިޒާމެވެ. ޓްރާންސް ފޯމަރާއި ޑިސޓްރިބިއުޝަން ސިސްޓަމެވެ. 

    އިރުއިރުކޮޅުން ރަށްރަށުން ކަރަންޓްކެނޑި ރައްޔިތުން ކަނުއަދިރީގައި ތިބެން ޖެހުނު ޖެހުން ހައްލު ވެއްޖެއެވެ. އެކަށީގެންވާ މިންވަރަށް ކަރަންޓް ނުލިބިގެން ނޭނބުރިފައި ހުރި ހުރިހާ ފަންކާތައް ހަމަޔަށް އަނބުރާ ދީފިއެވެ. އޭސީއާއި ކަރަންޓުން ބޭނުންކުރާ އަގުބޮޑު އާލާތްތައް ފުރިހަމައަށް ކަރަންޓް ނުލިބިގެންނާއި ކުއްލިކުއްލިއަށް ކަރަންޓް އައިސް ގޮސްވުމުން ހަލާކުވެ އެތަކެތި ހޯދަން ރައްޔިތުމީހާ ކުއްލިކުއްލިއަށް ކުރަންޖެހުނު ބޮޑު ހަރަދު ނުކޮށް ރައްޔިތުމީހާގެ ޖީބުން ކުރަން މަޖުބޫރު އިސްރާފް ހުއްޓިއްޖެއެވެ. ރަށްރަށުގެ އިގްތިސާދީ އިންޖީނު ހިންގާލަން ބޭނުންވާ ކަރަންޓް ކޮންމެ ރަށަކުން ފުރިހަމައަށް ލިބޭގޮތް ހެދި ރައްޔިތުންގެ ފޯރުންތެރިކަން އިތުރުކޮށް ދެވިއްޖެއެވެ. 

    ކުރާނެ މަސައްކަތެއް ނެތި ރަށުގައި މޫކަނޑަން އުޅުނު ގިނަ ބަޔަކަށް ކުރާނެ މަސައްކަތް ހޯދާ ދެވިއްޖެއެވެ. ވަޒީފާނެތް އެތައް ސަތޭކަ ބަޔަކަށް ވަޒީފާލިބި މަހުން މަހަށް މުސާރަ ލިބޭނެގޮތް ހަދާ ދެވިއްޖެއެވެ. ނަރުދަމާއާއި ރައްކާތެރި ފެން ކޮންމެ ރައްޔިތަކު ހުރި ރަށަކުން އެ ރައްޔިތަކަށް ލިބެނެގޮތް ހަދާ ދެވެމުން އެބަދެއެވެ. ގިނަ ރަށްތަކެއްގައި ފެނުގެ ހިދުމަތާއި ނަރުދަމާގެ ހިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ. އެހެން ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. 

    ކާމިޔާބު 91 ޕްރޮޖެކްޓް ނިންމާލިއިރު ރަށްރަށުގެ ރައްޔިތުން އެތިބީ އުފަލުން ފޮޅިފައެވެ. ދަރައިގެން ވެސް ފެނަކައިން ކުރީ ޒަމާނުއްސުރެ އެއްވެސް ސަރުކާރަކުން ގާއިމުކޮށް ނުދީއޮތް އަސާސީ ހިދުމަތްތަކެވެ. އެކަމުގެ ލުއިފަސޭހަ ރައްޔިތުންނަށް ލިބެމުން ދާއިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މީން ޒަމާނެއްގައި ވެސް މިހާ ގިނަ ކެޕިޓަލް އިންވެސްޓްތަކެއް އެއްފަހަރާ ދެން ކުރަން ނުޖެހޭނެ ކަމުގެ ހިތްހަމަ ޖެހުމެވެ. ކުރިއަށް އޮތީ ފެނަކައިގެ ހަގީގީ ފައިދާ ލިބެން ފެށުމުގެ މަރުހަލާއެވެ.

    އެއްބަހެވެ. ފެނަކައިގެ ދަރަނި ވަރަށް ބޮޑެވެ. ދަރަނި ކިތަންމެ ބޮޑަސް ދަރަނިތައް އަދާ ކުރެވޭނެގޮތް ފެނަކައިން އޮތީ ހޯދާފައެވެ. މިޒަމާނުގެ ވިޔަފާރީގައި ދަރަންޏަކީ އެއް ބަހާއެވެ. ދަރަންޏާ ނުލާ ހިންގާ ވިޔަފާރިއެއް ދައުލަތެއް ނެތެވެ. ޖެހެނީ ވިސްނުންތެރިކަމާއެކު ދަރަނި މެނޭޖުކުރާށެވެ. ފެނަކައިން އެތައް ޕްރޮޖެކްޓެއް އެއް ކުންފުންޏަކުން ނަގަނީ ފެނަކައާއި މެދު އިތުބާރާ ޔަގީންކަން އޮތީމައެވެ. ވަގުތީގޮތުން ފައިސާ ލިބުމުގެ ތާށިކަމެއް އަތުވެދާނެ ކަމަށް އެނގިތިބެއެވެ. 

    ކަމެއް ނުކުރާ ބަޔަކަށް ލިބެންޖެހޭ އެއްޗެއް ދޭން ޖެހޭ އެއްޗެއްވެސް ނޯންނާނެއެވެ. އެއްފަހަރާ އެތައްސަތޭކަ ޕްރޮޖެކްޓް ހންގާ ބައެއްގެ ދަރަނި ބޮޑުވާނެއެވެ. އެޔާއިއެކު ލިބެންޖެހި ނުލިބި ހުރި އެއްޗެހިވެސް ގިނަވާނެއެވެ. ފެނަކައިން ހިންގާ ސަތޭކަ އެތައް ޕްރޮޖެކްޓެއްގެ ފަހަތުގައި ބޮޑު ދަރަންޏެއް ފެންނަން އޮތުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. 

    ފެނަކައިން މިހާރު މިސްރާބު ހިފާފައިވަނީ ދަރަނިތައް އަދާކޮށް ނިންމުމަށެވެ. ފެނަކައާއި އެކު މުއާމަލަތުކުރާ ކުންފުނިތަކަށް އެކަން އެނގޭނެއެވެ. ނުލިބި ހުރި ފައިސާގެތެރެއިން ލިބުނި ކިހާފައިސާއެއްކަމާ ލިބެނީ ކިހިނެތްކަން އެނގޭނެއެވެ. ފެނަކައާއި އެކު މުއާމަލާތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ފެނަކައިން ހައްލު ހޯދާދެމުން ދާކަން ގަބޫލުކުރާނެއެވެ. 

    ސިޔާސީ ގޮތުން ފެނަކައިގެ އިސްވެރިންނާއި ފެނަކަ ބަދުނާމު ކުރުމަށް ވާދަވެރިން ސަރުކާރާ ދެކޮޅަށް ދައްކާ ފިތުނަވެރި ވާހަކައަކުން ފެނަކައިގެ ހިދުމަތެއް ބުރަތްކެއް ނުޖެއްސޭނެއެވެ. ރަށްރަށުގެ ރައްޔިތުންނަށް ލިބިފައިވާ ހިތްހަމަޖެހުން ހެޔޮހިތުން ގަބުލުކުރާ ކުރުމަކަށް ބަދަލެއް ނުގަނެވޭނެއެވެ. ފެނަކައާއިއެކު މުއާމަލާތްކުރާ ފަރާތްތަކަށް ލިބޭ ތަކުލީފަށް ތަސައްލީއެއް އެހެން ފަތުރާ ފިތުނައަކުން ނުލިބޭނެކަން އެ މީހުނަށް އެނގެއެވެ. ފެނަކައަކީ ދަރަނީގެ ބުރައިން މިންޖުވެފައިވާ ކާމިޔާބު ކުންފުންޏެއް ގޮތުގައި ދާދި އަވަހަށް ވެގެންތާތަން ފެނިގެން ދާނެއެވެ.    

    ]]>
    Wed, 17 May 2023 17:25:38 +0500 ހީރަސްނިއުސް
    އިބޫގެ މޫނުމަތިން ނުތަނަވަސްކަމެއް ހާސްކަމެއް ނުފެނޭ https://heerasnews.com/1375 https://heerasnews.com/1375 ހުރިހާ ސިޔާސީ ޕާޓީތަކާއި ހުރިހާ ހުރިހާ ސިޔާސީވެރިން ވެސް މިއަދު ސިޔާސީ ކަންކަމުގައި މަރުފަލި ޖަހަމުންދާއިރު، ރައްޔިތުން ވެސް މިއަދު ހޭބޯނާރައި އުޅެމުން ދަނީ ސިޔާސީ ކަންކަމުގައެވެ. އަދި ކުރިއައް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރެވެންހުރި ހުރިހާކަމެއް ކުރުމުގައި ސިޔާސީ ފަރާތްތަކުން ފަލި ބާލައިގެން ފަލިޖަހަނީއެވެ. މަހުޖަނުން ޖާޑިތައް ހުޅުވާލާ ރައްޔިތުންނަށް ޖާޑީގައި ހުރިއެއްޗެއް ދައްކަން މަސަތްކަތް ކުރާއިރު، މުޖިރުމުން އެއީ ހުދުކާފޫރުކަން ދައްކަން މަސަތްކަތްކުރެއެވެ.

    މިދެންނެވި ފަރާތްތަކުގެ އަމާޒު ފަތްގަނޑަކައް މިއަދު ވެފައިވަނީ މިހާރުގެ ރާއީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.  މަހުޖަނުންނާއި ސިޔާސީ ފަރާތްތަކުން ރައީސައް ނުކުރާ ޖެއްސުމެއް ނެތެވެ. ނުކުރާ ފުރައްސާރައެއް ނެތެވެ. ސަރުކާރުގެ ތެރޭގައި ތިބެގެންނާއި، ޕާޓީގެ އިސްސަފުގައި ތިބެގެންވެސް މެއެވެ. ކައިރިންނާއި ދުރުންވެސް ކުރެވެން އޮތްހާ ޖެއްސުމެއް ކުރަމުން ދެއެވެ.

    މުޅި ދުނިއަށް ދިމާވި އާލަމީ ބަލިމަޑުކަމުގެ ތެރޭންވެސް ދިވެހިންނަށް ދިން ހިއްވަރާއި ކެނޑިނޭޅި ރައްޔިތުންނާއިއެކު ކުރިބުރަ މަސަތްކަތުން ގައުމު ސަލާމަތްކޮށް ރައްޔިތުންނަށް ރައްކަތެރިކަން ފޯރުކޮށްދިނުމުގައި ރައީސް އެންމެ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހެއެވެ. އުނދަގުލާއި އެކުވެސް ގައުމު އަމާން އައްސޭރިއައް ވާސިލް ކޮށްދެއްވައިފިއެވެ. ރައްޔިތުން ބިކަވިޔަނުދީ ގައުމުގެ މާލީހާލަތު ކައިރިން ބައްލަވާ މޫނުތަކަށް ނުތަނަވަސް ވެރިނުވާނޭ މިންވަރަށް މަސަތްކަތް ކޮށްދެއްވިއެވެ. އިދިކީލި ސިޔާސީ ހުރިހާ ފަރާތްތަކުން ޖެއްސުން ކުރަމުން ދަނިކޮށްވެސް ކެއްތެރިކަމާއިއެކު ރައްޔިތުނާއެކު ރައީސް ސޯލިހު ވިއެވެ. ކުޑަވެސް މާޔޫސްކަމެއް ނެތްފަދައިން ގައުމައިގެން ކުރިއަށް ދިމުގައި ސާބިތުވެ ހުއްޓެވެ.

    މިއަދު އެންމެން ސިޔާސީކަންކަމާއި ހޭކެނޑިވެގެން އުޅޭއިރު ރައީސް ފެންނަނި ވަރަށް ބޮޑަށް ހަމަޖެހި ރައްޔިތުންގެ ކަންކަމުގައި އަވަދިނެތި އުޅުއްވާތަނެވެ. އެންމެންގެ ހިތުގައި އުފެދޭ ސުވާލަކީ މިއޮއްފަދަ ދުވަސްވަރު ރައީސް މިހާ ހަމަޖެހިގެން މިހުންނަ ވަނީ ކީއްވެބާއެވެ. މިކަމާ އެންމެ ހައިރާންވެ އަންތަރީސް ވަނީ ރައީސްއާއި އިދިކޮޅު ފަރާތްތަކުންނެވެ.

    މީހަކު އުފާވެފައި ހުންނަނީ އެ މީހަކު ހިތްހަމަޖެހޭ މިންވަރަށް ކަންކަން ކުރެވެމުން ދާތީއެވެ. ހިތްތަކަށް އުފާވެރިކަން ދެއްވަނީ އަނެކުންނާއި ދޭތެރޭ ރަނގަޅައް ކަންކަން ކުރެވިފައި ވާތީއެވެ. ކުރެވޭ އިހުލާސްތެރި މަސައްކަތާއި އެކު ލިބެވޭ ލޯތްބާއި އިތުބާރާއި ކާމިޔާބީއެވެ.

    މިއަދު ރައީސްގެ މޫނުމަތިން ފެނިގެންދާ ހަމަޖެހުމަކީ މާދާމައަކީވެސް ގައުމަށް ހަމަޖެހިގެން ކުރިއަށް ދިޔުމަށް އޮތްފަހި މަގެއްގެ ނިސާން ކަމަށް ގަބޫލު ކުރެވިދާނެއެވެ. ރައީސްގެ މޫނުމަތިން ހާސްކަމެއް ނުފެނުން އެއީ މާދާމާ ރައްޔިތުމީހާ ކުރަމުން އަންނަ އުންމީދުތައް ހާސްކަމެއްނެތި ފުއްދާދެވިގެންދާނެކަމުގެ ޔަގީންކަން ކަމަށްވެސް ވެދާނެއެވެ. މާދަމާ ކަންވާނެ ގޮތް އެނގޭނީ ވީމައެވެ. ކުރެވޭނީ އުންމީދެވެ. އުންމީދު ހާސިލުކުރުމަށް ކުރެވޭނީ މަސައްކަތެވެ.  މިއަދުގެ ދުއާއަކީ ގައުމަށް ރަނގަޅު ގޮތްވުމެވެ. މިހާރުވެސް މިއޮތް ހަމަޖެހުމާއި އެއްބައިވަންތަ ކަމުގައި ގައުމު ލެހެއްޓެވެމުވެ. 

    ]]>
    Fri, 12 May 2023 19:42:16 +0500 ޒުރޫ
    ބޭސް ހުސްވީ ކަމެއް ބެޓެރި ހުސްވީކަމެއްނޭގެ! https://heerasnews.com/1374 https://heerasnews.com/1374 ވިއްސާރަ މޫސުމްވެސް މިއޮތީ ލައިގެންފައެވެ. ވިއްސާރަ އަލިވެ މޫސުން ވެސް ރަނަގަޅުވާނެތާއެވެ. މިދުވަސްވަރު ކިތަންމެ ވިއްސާރަޔަސް ރާއްޖޭގެ އޮޑި ދުވަނީ އަންނަ ކޮޅިގަނޑުތަކުން ނައްޓަމުން ސަލާމަތުގެ އައްސޭރިއަށެވެ. ރާއްޖޭގެ ތަރައްގީގެ ދުވެލި ހުރީ ރަނގަޅު މާލިމީއަކާއި އެކު ރަނގަޅު މިސްރާބަކަށެވެ. ހަލުވި ދުވެލީގައި މިދާގޮތައް ދާނަމަ ރައީސް އިބޫއާއި އަރާހަމަކުރެވުމަކީ އުނދަގޫ ކަމަށް ވާނެއެވެ. އެކަމަކު ވެސް އެންމެ ފާގަހަ ކުރެވޭ ކަމަކީ މިވަރުންވެސް ބަޔަކު އިބޫ ފަހާ ދުވަން އުޅޭތީއެވެ. އަތުނުވާނެކަން އެނގޭ އިރުވެސް ހަމަ ދުވަނީއެވެ.

    އެއް ރިމޯޓުން ހަތަރުކާރު ކޮންޓްރޯލް ނުކުރެވިގެން އުޅޭއިރު އިބޫ ކޮންޓްރޯލް ކޮށްލުމަކީ އެ މީހުނަށް ވާނެކަމެއް ނޫނެވެ. ބެޓެރިބައި ބަދަލުކުރިޔަސް އިބޫ އާއި އަރާހަމަކުރެވޭ ވަރަށް ޗާރޖު ހުންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެ އުޅޭ ބަޔަކު ލައިގެން އުޅޭ ވިއްސާރަކޯޓްތައް މިމޫސުމަކަށް ނުވެސް ގުޅެއެވެ. އަނެއްކާވެސް ރައީސް ސޯލިހު އަތުލުމަށް އިތުރު ހުރަސްތަކެއް ކުރިމަތީވީއެވެ. ހަމައިގައި ނެތަތީ ދެވޭ ނުދެވޭ ތަނެތް ނޭގުމަކީވެސް ރައީސް ސޯލިހު އާއި އަރާ ހަމަކުރުމަށް އޮތް ވަރަށްބޮޑު ހުރަހެކެވެ.

    ކޮންމެ ގޮތެއްވިޔަސް އުޅޭ ބަޔަކު ރައީސް ސޯލިހާއި އަޅައިގަނެން އުޅޭނެތާއެވެ. އެވެރިންނަށްް ފަހުން ގަތް ކާރުތައް ދުއްވެން އޮތް ހަމައެކަނި ގޮތަކީ މިކަހަލަ ކަމެއްކޮށްލައިގެން ކުރެވޭނެކަމެކެވެ. ކުޑަކޮށްވެސް ބެޓެރީގައި ޗާޖު ހުންނާނީ އޭރުންނެވެ. އިއްޔެ މިވެރިންނަށް ދިވެހިން ނަކީ މޮޔައިންނެވެ. ދިވެހިންނަކީ އެއްވެސް އެއްޗެއް ވިސްނޭ ބައެއްވެސް ނޫނެވެ. ދިވެހިން ކައިގެން ބޮއިގެން އުޅެނީ މިމީހުން ތައްޕާހުންނެވެ. މި މީހުން ހިތުން ދިވެހިން މީ އެ ހާވެސް ދަށުދަރަޖައިގެ ބައެވެ. އެކަމަކު ކުއްލިޔަކަށް މާ ރައްޔިތުން ވެގެން ނުކުމެ ރައްޔިތުން ނަށް ރަން އިލޮށިން ކަދުރުކާންދޭން މަސަތްކަތް ކުރަނީއެވެ.

    ރައްޔިތުމީހާ ހަމަ އެހާ މޮޔަހެއްޔެވެ.  މަހުޖަނުންނާއި ، ފިކުރުތަކުން ނުކުމެ ރައްޔިތުން މޮޔަހައްދަން ހަމަ އެހާ ފަސޭހަ ވާނެކަމަށް ދެކެނީ ހެއްޔެވެ. ރައްޔިތުން ނުކުމެ ހަމަބިމަށް ސައިޒުކޮށްލި ހަނދާން ކުރަންޖޭހޭ ބަޔަކުވެސް ތިބޭނެއެވެ. ސޫލާ ސަރާބީގެ ތަންމަތީގައި އޮވާ ވެރިކަން ފޮރޮޅިގެން ދިޔަހަނދާންވެސް ރައްޔިތުން ހުންނާއެވެ. ކޮވިޑުގެ އާލަމީ ބަލިމަޑުކަމުގައި ނާށިގަނޑު ހިފާގެން މަހުޖަނުކައިރިއަށް ދިޔަ ޒުވާނާއަށް އެންމެ އެއްހާސް ރުފިޔާގެ މުސާރައެއްދިން ހަނދާން ރައްޔިތުމީހާއާއި އޭނާގެ މައިންބަފައިންނާއި ދަރިން ހަނދާން ހުންނާނެއެވެ. މިއަދު ނުކުމެ ރައްޔިޔުންނަށް އިންޑިޔާ އާއި އިންގިރޭސިވިލާތް ވެސް ހޯދަދޭނަމޭ ތިވެރިން ބުނެފާނެއެވެ. އެއީ ރައްޔިތުންނަކީ އެހާވެސް މޮޔަ ބައެއްކަމަށް އެވެރިން ދެކޭތީއެވެ. މި ވަރުބަޔަކު ހިކުމަތްރި ރައީސަކު ފަހަތުން ދުވެ އަތުލެވޭނެ ގޮތެއް ނުވިސްނެއެވެ. އަމުދުން ދިވެހި ރައްޔިތުން ހެއްލޭނެ ވާހަކައެއް ދެއްކިދާނެކަމަކަށް ނުފެނެއެވެ. އުޅޭ ގޮތުން ބޭސް ހުސްވީކަމެއް ބެޓެރި ހުސްވީކަމެއްވެސް ނޭގެއެވެ.

    ]]>
    Fri, 12 May 2023 19:39:34 +0500 ޒުރޫ
    އިންތިހާބަކުން ގޮނޑިއެއް ނުލިބޭ މާލޫދުޕާޓީއަށް ލިބޭނެ ރައީސްކަމެއްނެތް https://heerasnews.com/1347 https://heerasnews.com/1347 ނެގި ނެގިފާ ބާރަށް ޖެހޭށެވެ. ތެޅުނު ވަރަކަށް ފައިބަމުން ތިޔަހަރަ ދަނީ ހުޅުނބެވެ. ސަރުކާރުން ލިބިފައި ހުރި ޕްރޮޖެކްޓްތައް ގެއްލިދާނެތީ ސިޔާސީ ކަމަކާ ނޫޅޭން ހުރެފައި ދައުރު ދެބައިވުމުން ސިޔާސީ ޕާޓީއެއް ހަދައިގެން ނިކުމެ ރަނިންގ މޭޓްކަން ހޯދަން އާދޭސްކޮށް އެކަން ނުވާނެ ކަން އެނގުމުން ރިޔާސީ އިންތިހާބަށް ކުރިމަތިލާން ފޫގަޅައިގެން ރައްޔިތުންގެ އުދާސް އަރުވަން ނިކުތަސް ރައްޔިތަކު ތިޔަކަމަކާ ވެގެން ނޫޅެއެވެ. 

    ބަގާވާތް ނޫން ކަމެއް ނުދަންނަ ބާގީން ރައްޔިތަކަށް އެދޭނީ އެދެވޭނީ ކޮން ހެވެއް ހެއްޔެވެ. މާ ކަންވާ މީހަކަށް ހެދިގެން ރައީސް ޔާމީނު އަރިހުގައި ހުރެ ބަގާވަތްކުރަން އުޅެގެން ޖަލުގެ ތޭރިތަކުގެ ބިއްދަށަށް ފޮނުވާލީ ފޮނުވާލަން ޖެހޭތީއެވެ. ދުނިޔޭގެ މާފިޔާ ގޭންގެއް ކަމުގައިވާ އާތުރު ބްރަދާސް ރާއްޖެގެނެސްގެން އެމީހުން ލައްވާ ހަތިޔާރު އެތެރެކޮށްގެން ވެރިކަން ފޭރިގަންނަން ޖެހި ދަންތުރާގައި ޖެހި ޖަލަށް ކަނޑާލާ ފްރޭމް ކުރިއްޔޭ ކިޔައިގެން ދަނޑިވަޅުގެ ފައިދާ ނަގައިގެން ޖަލުން ނިކުތަސް ބާގީއަކަށް ނުވެއެއް ނުވެއެއް ނުދެއެވެ.

    އިޓްލޮސްގެ ނިންމުން ބާގީން ގަބޫލެއް ނުކުރާނެއެވެ. ދުނިޔޭގެ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކަކީ ބަގީން ގަބޫލުކުރާނެ އެއްޗެއް ނޫނެވެ. ރާއްޖޭގެ ސަރަހައްދުން ބައެއް ނަގާލީއޭ ކިޔައިގެން ފޮނުއެރުވިޔަސް ރާއްޖޭގެ ގާނޫނުތައް އޮތްގޮތް ވަރަށް ސާފެވެ. 

    ރާއްޖޭގެ މަސްވެރިންނަށް މާ ހެވެއް އެދިގެން ކަމަށް ހެދިގެން މަސްވެރިންނޭ ކަޑޭ ތިޔަ ކިޔަނީ އެ މީހުންގެ ވޯޓު ލިބޭނެ ކަމަށް ހިތާހެއްޔެވެ. ވެރިކަން ނޫންކަމެއްގެ އެދުންނެތި ހޭކުޑާ ވެގެން އުޅުނަސް ރައްޔިތުން ތިބީކީ ބާގީންނަށް ވެރިކަން ހޯދާދޭ މޫޑެއްގައެއް ނޫނެވެ.

    މީސްމީހުންގެ ގެދޮރުނަގައިގެން އިމާރާތް ކުރަން ހަވާލުވެގެން މީހުނަށް ދޯކާދެމުން މީހުންގެ ގޯތި ގެދޮރަށް ވެރިވެ ގަނެގެން އުޅޭ މީހަކަށް ދޭނެ ވޯޓެއް ރައްޔިތުންގެ ނެތެވެ. ވަކި މުއްދަތަކަށް ނިންމަން ހަވާލުވެގެން ސަރުކާރުން ނަގާފައި ހުރި ޕްރޮޖެކްޓްތައް ނުނިންމާ ދިގުދަންމާ ސަރުކާރަށް ކަންކަން ނުވާކަން ދެއްކުމަށް ހަރާން ކޯރުވާ މީހަކު ނިކުމެ ތިމަންނައަށް ރައީސްކަން ދޭށޭ ބުންޏަސް ރައްޔިތުން ތިބީކީ "ބާގީނާޒިމް"އަށް ވޯޓު ދޭކަށް ނޫނެވެ. 

    ގާސިމުގެ ތައްޕާހުން ދަގެތީ ދާއިރާގެ މެންބަރުކަން ހޯދައިގެން ޖުމްހޫރީ ޕާޓީ ޖަހައިގަންނަން އުޅެ އެކަން ނުވުމުން ގާސިމަށް ހަރާން ކޯރުވީ އެންމެންގެ ކުރިމަތީގައެވެ. ހިހޫތަނުން ކާން އެއްތާޖެހި އަނެއްތާ ޖެހެމުން ދުވާ ދުންޔާމެން ފަހަތުލައިގެން މާ ގައުމީ ވެގެން އުޅުނަސް އެހެން ބަޔަކު ވާދަނުކުރާ ރަށުކައުންސިލް ބައި އިލެކްޝަނަކުން ގޮނޑިގަޑެއް ނޫނީ އިންތިހާބަކުން ގޮނޑިއެއް ނުލިބޭ މާލޫދު ޕާޓީއަކަށް ލިބޭނީ ކޮން ރައީސް ކަމެއް ހެއްޔެވެ. 

    ]]>
    Mon, 08 May 2023 13:26:04 +0500 ހީރަސްނިއުސް
    ޗަރުކޭސް ބޮޑުވީމާ ސީރިއަސްކަން ގެއްލޭ! https://heerasnews.com/1344 https://heerasnews.com/1344 ކޮންމެ ބަޔަކު އެބައެއްގެ މަސްހޫރުކަން ދަމަހައްޓަން އެކި ކަހަލަ ކަންކަން ކުރެއެވެ. ބައެއް މީހުންގެ ގޮތަކީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ގޭމެއް ޖައްސައިގެން ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދުމެވެ. އެފަދަ މީހުން ކޮންމެ ކަމެއް ކޮއްގެން ވެސް އޭނާގެ ވާހަކަ އެހެން މީހުން ދައްކާނެ ކޮންވެސް ގޮތެއް ހަދައެވެ. 

    އަމިއްލަ ނަފްސަށް ގެއްލުމެއް ދީގެން ވިޔަސް މީހުންގެ ސަމާލުކަން ހޯދަން އެ މީހުން ކޮށްފައި ނުކުރާނެ ކަމެއް ނޯވެއެވެ. އެ ބާވަތުގެ މީހުން ހުއްޓާނުލާ އެއް ވާހަކަ އެކި ގޮތްގޮތަށް ދައްކައިގެން ދޮގު ތެދަށް ހަދައެވެ. ފުލުހުންގެ އުރުގައި ޝަރީއަތަށް ދިޔުމާއި ފައިވާން އަތަށް ނަގައިގެން އެކަނިމާ އެކަނި މަޖީދީ މަގުގައި ދުވުމާއި ފުލުހުން ލައްވާ މައިދާނުގައި ބިންމަތީ ދެންމުން ވެސް މިހުރީ އެކަހަލަ އެޕިސޯޑް ތަކެވެ. 

    ފަރެސް މާތޮޑާގެ ގެއެއްގެ ތެރޭގައި ފިލާއޮވެ ފުލުހުން ލައްވާ ދޮރު ވައްޓުވާލައިގެން މީހުންގެ ސަމާލުކަން އަނބުރާލި މީހަކު ވެސް އުޅެފާނެއެވެ. އެކަހަލަ މީހުން ސަރީއަތަށް ފިލަން އެންބަސީއަށް ވަދެ ނުނިކުމެ އޮތުމާއި ކޯޓުގެ ބޭރު ތެޅުންގަނޑު މައްޗަށް ވެއްޓި ގަތުން މިހުރީ ކުޅޭ ޗަރުކޭހުގެ ބައިބައެވެ. ނުލަފާ ކަން ދައްކާލަން ބުނުމާއި ހުރިހާ ވަގުތަކު ހަމައިގައި ހުންނަން ނުޖެހޭކަމަށް ބުނުމާއި ސުންނަތް ނޫން ގޮތެއް ހޯދަންޖެހޭ ކަމަށް ބުނުން ފަދަ މަސްހޫރު ބުނުންތައް ބުނެ މީހުން ރުޅިއެރުވުމަކީ އެފާޑު މީހުންގެ ގޮތެވެ. އެހިނދަކަށް  ބޭނުން ކޮންމެ މީހެއްގެ އަބުރު ނަގާލާ އެތައް ބަޔަކު ބޯހިއްލާ ނުލެވޭ ވަރަށް ވަކިވަކި މީހުންގެ އިއްޒަތުންނަފްސަށް އަރައިގަތުމަކީ އެ މީހުންގެ ތޮބީއަތެވެ. 

    ބޭނުންވާ ކަމެއް ހާސިލު ކުރުމަށް މީސްމީހުން އިއްޒަތުއްނަފްސް ހަރާބު ކޮށްލުމަކީ އެފަދަ މީހަކަށް ލިބޭ އެންމެ ބޮޑުއެއް އުފަލެކެވެ. ތެދެއް ދޮގެއް ނުބަލާ ހީވާހާ ގޮތަކަށް ވާހަކަ ފަތުރާ އެތައް އާއިލާއެއްގެ މުޅި މުސްތަގުބަލު ހަލާކު ކޮށްލުމަކީ އޭނައަށް މާބޮޑު ކަމަކަށް ނުވެއެވެ. މީހުނަށް ކުރެވި ފިޔަވަޅު އެޅި އިސްލާހު ކުރެވިފައި ހުންނަ ކަންކަން ވެސް ހޯދާ އެ ވާހަކަ އޮބިފައި އޮތް އޮތުން ތިލަކޮށް ބޮޑުކޮށް މުޖުތަމައުގައި އެތައް ބަޔަކު ބަދުނާމު ކުރުމަކީ ހިތްހަމަ ޖެހުމެވެ.

    ހަމަ ތެދެކެވެ. އެހެން މީހުންގެ އަގެއް ނެތި އެހެން މީހުންގެ ގަބޫލު ކުރުން ބަލައި ނުގަނެ މަވެތިވެ އުޅޭ މީހަކާ އެތައް ބަޔަކު ނުރުހޭނެއެވެ. އެހެން މީހުންގެ ކަރަމާތް ނަގާލުމަށް  އަބަދުވެސް އެހެން ގޮތެއް ހޯދުމުގެ ފިކުރު ދިރުވުމުގައި އުމުރު ހުސްކުރާ މީހުނަށް އަބަދަކު ދުނިޔެ ފައްސެއް ނުވާނެއެވެ. އެފަދަ މީހަކަށް ދިމާވާ ހިތާމަވެރިކަން ކަމަކީ ވެސް ސަމާލުކަން ހޯދަން ޖައްސާ ސްޓަންޓް ކަމަށް ނޫނީ ނުދެކޭ ވަރަށް ޗަރުކޭސް ބޮޑުވީމާ ސީރިއަސްކަން ގެއްލެއެވެ. އެހެން ނޫނަސް ކަނޑަށް ނިކުމެ އުޅޭ އިރު މަހެއް ފަހާާލާނެ މަހެއް ހުރެދާނެ ކަމަށް ގަބޫލު ކުރަން ޖެހެއެވެ.    

    ]]>
    Sun, 07 May 2023 16:38:24 +0500 ހީރަސްނިއުސް
    ސިފައިންގެއިން ވަކިކޮށްފައިވާ ޕާޕާ ޤައުމުދެކެވާ ލޯބީގެނުރައްކާ https://heerasnews.com/1339 https://heerasnews.com/1339 ސިފައިންގެ މީހާ ސިފައިންގެ މީހަކަށް ވަނީ، ސިފައިންގެ ޓްރޭނިންގއަށް ފަހު ލައިދެވޭ ހުވަޔާއެކުގައެވެ. މިގޮތުން ސިފައިންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވަނީ "ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާއުކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީގައި ދެމިހުރުމަށާއި، ދުޝްމިނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި، ހަށިގަނޑާއި، ފުރާނައިން ޤުރުބާންވާން ޖެހިއްޖެހާލަތެއްގައި ޤުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކުރަމެވެ." މި ގޮތުގެ މަތިން ކުރުވާ ހުވައެވެ. މި ހުވާގެ މަތީގައި ސިފައިންގެ މީހާ ދެމިހުންނަނީ އެއީ ފަޚްރެއް ކަމުގައި ދެކިގެންނެވެ. އަދި ސިފައިންގެއިން ރިޓަޔަރ ކޮށްފައިވާ ކޮންމެ ބޭކަލަކީވެސް އެ ފަޚްރުގެ މަތީގައި ދެމިތިބޭ ބައެކެވެ. ހުވަޔާ ހިލާފުވެ ގައުމަށް ޣައްދާރު ވެގެން ކަޑާލާ މީހާގައި ހުންނާނީ ކޮން ސިފަ ވަންތަ ކަމެއް ހެއްޔެވެ.

    މިހާރަކު މާ ސިފަ ވަންތަވެގެން ގައުމާ ވަޠަނުގެ ލޯބީގައި މިއުޅޭ ޕަޕާގެ ހުރި މުނާފިގުކަން ދެކިބަލާށެވެ. މަތިހަށި ނަގާފައި މާ ވަރުގަދަ ގައުމީ ބަޠަލަކަށް އަމިއްލައަށް ވެގަނެގެން އުޅޭ އިރު ދިމާލަށް ފެންނަން އޮތްކަންކަމާ ފަތިފުށް ދެނެތިބީން ނެތޭ ހީވަނީތާއެވެ. ކީރިތި ﷲ ގަންދީ ހުވާކޮށްގެން ހުރެ ސިފައިންގެ ތެރޭގައި އުޅެމުން އައިގޮތް ބޮލުން ނަގުލަށް ދަންނަ އެތައް ބަޔަކު ދިރި ދުނިޔޭގައި އަދި އެބަތިއްބެވެ.

    ސިފައިންގެ ވަޒީފާގައި އަޙްމަދު ފަޔާޒް (ޕާޕާ) ކާނަލެއްގެ މަޤާމުގައި ހުރެ ހިންގި ޖަރީމާތަކުގެ ސަބަބުން ވަޒީފާއިން އެކަހެރިކޮށް ޑީމޯޓުކޮށް ސިފައިންގެ ވަޒީފާއިން ކަނޑާލާފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ހަޤީގަތް ހޯދާލަ ކޮންމެ މީހަކަށް މާސަފުކޮށް އެނގި ހާމަވާ ހަގީގަތްތައް ބައިވަރެވެ. މަޤާމާއި ބާރު ހޯދުމަށް އިމުން ބޭރުވެ އެންމެ އަވަހަށް ޗީފަަކަށް ވެވެން އޮތް ކުރު މަގު ހޯދުމަށް ކުރި މަސައްކަތުގައި ހޭވި ހަޑި އެހުރީ ދިމާލަށް ފެންނާށެވެ. ވެރިކަމާ ބާރުގެ ބޭނުމުގައި ޤައުމު ފަސާދަކޮށް ސިފައިންގެ އަގު ވައްޓާލީ މި ޕާޕާ ނޫން އެހެން މީހެއް ނޫނެވެ.

    ސިފައިންގެ ހުވައެއް އެއްވެސް ޒަމާނެއްގައި ކޮށްފައިވާ މީހަކު ސިފައިންނަށް ހުތުރު ވާގޮތަށް ވާހަކަ ދައްކަމުން ދިޔުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ހިނގާ ގޮތެއްނޫނެވެ. މީނާގެ މި އުޅުމާއި މި ދަައްކާ ވާހަކަތައް އަޑުއިވުމުން މިކަމަކީ ޤަބޫލު ކުރަން އުނގަދޫ ކަމެއް ކަމުގައިވިއެވެ. އެފާޑުގެ ނޭއްގާނި ކަން ޕާޕާގެ ފުށުން އާއްމުކޮށް ފާޅުވާން ފެށުމުން އިތުރަށް ދިރާސާ ކޮށްލުމަށް ޝައުޤުވެރިކަން އުފެދުނެވެ.

    ޤައުމުގައި އެންމެ ޤަދަރުވެރި ބަޔެއް ކަމުގައި އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ސިފައިންގެ މަސައްކަތުގައި ކާނަލަކާ ހަމައަށް ގޮސް ފައިވާ މީހަކު، މިއަދު މިސްރާބު ޖަހާފައި މިވަނީ ކޮން ދިމާއަކަށް ބާއެވެ. މިއަދަކު އެކަންޏެއް ނޫނެވެ. ސިފައިންގެ ތެރޭގައި ހުރި އިރުން ފެށިގެންނެވެ.

    އެންމެ ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިނގައި ދިޔަ ހާދިސާތަކެވެ. އެގޮތުން ވެރިކަން ބަދަލުވި ގޮތް ތަހުޤީގުކޮށް ތައްޔާރުކޮށްފައިވާ ކޯނީ ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް މި ވާހަކަތައް ބަޔާންކޮށްފައި ވެއެވެ. އެއިރު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް ފޫގަޅައި، މަޤާމުން ވަކި ކުރުމަށް ލިޔުން ހޯދައި، ފަތްކޮޅު ހިފައިގެން ވަޑައިގެންނެވި ވަފުދުގައި އެންމެ ކުރީގައި މިހުރީ ކާކުތޯއެވެ؟ ޕާޕާ އެވެ. ޤައުުމުގެ ސަލާމަތާއި ރައްކާތެރި ކުރުމަށް ޕާޕާއަށް އޮތް ކަމަކީ ރައީސުން މަޤާމުން ވަކިކުރުން ބާއެވެ.

    ދެން އޮތީ ވެސް ހަމަ އެފަދަ ކަމެކެވެ. ސިފައިންގެ ބަޑި ގުދަނުގެ ވެރިޔާކަމުގައި ހުރެ ޤައުމުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ބަޑި ގުދަނުގައި ހުރި ހަތިޔާރުތައް ރައްކާތެރި ކުރުމަށް ހިބަޅިދޫ ބޭރުން ކަނޑުގެ އަޑީގެ 42 މީޓަރު އަޑީގައި ރައްކާ ކުރުމެވެ. ސިފައިންގެ އާމަރީއަށް ވުރެ މިތަން ރައްކާތެރީ ތާއެވެ. ހިނަޅިދޫ އުރަދަށުގައި އާމަރީ ހެދި ބޭނުމަކީ ކޮބައި ހެއްޔެވެ. އެ ތަނުން އެ ހަތިޔާރުތައް ނުހޯދުނު ނަމަ މި ޤައުމުގައި މި ޕާޕާގެ ޤައުމީ ލޯބީގައި ހިންގާނީ ކޮންފަދަ ނުރައްކާތެރި ކަމެއްކަން ހިތައް ގެންނަން ވެސް ނޭނގެއެވެ. މިއީ ވެސް ހަމަ ޤައުމީ ލޯބީގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރިކަމެއް ކަމުގައި މިއަދު ނުބުނާނެބާއެވެ؟

    ތިންވަނަ ކަމަކަށް ރައީސް ޔާމީންގެ ލޯންޗުކޮޅު ގޮއްވާލި ހަދިސާ އާއި ވެސް ޕާޕާއާއި ގުޅުން އެބަހުއްޓެވެ. ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާގައި ހެކި ނައްތާލިކަމުގެ ކުށް ސާބިތުވެ 2016 ވަނަ އަހަރުގެ  ޖޫން މަހުގެ ތެރޭގައި ޕާޕާއަށް ވަނީ 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ސުވާލަކީ ހެކި ނައްތާލަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ސިފައިންގެ އެންމެ މަތީ ވެރިޔާ، އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި އޭރު ހުންނެވި ބޭފުޅެއްގެ ފުރާނައަށް އަދި ސިފައިންގެ އެތައް ބަޔެއްގެ ފުރާނަ ނުރައްކަލަކަށް ހުށައެޅުނު މި ހާދިސާގެ ހެކި ނައްތާލަން ޖެހުނު ސަބަބަކީ ވެސް ހަމަ ޤައުމީ ލޯބި ބާއެވެ؟ ޤައުމީ ލޯބީގައި ޕާޕާއަށް އޮތީ ޤައުމުގެ ރައީސް އަވަހާރަ ކޮށްލުމަށް އެހީތެރިވުން ބާއެވެ؟

    މިއީ އަދި އެންމެންނަށް ފެންނަން ހުރި ޕާޕާގެ ޤައުމިއްޔަތާއި މިނިވަންކަމަށް ކުރި ޖިހާދުގެ ބައެއް ކަންކަމަވެ. އަދި  މި ނޫނަސް އެތައް މައުލޫމާތެއް ލިބިފައި އެބަހުއްޓެވެ. ތިލަނުވެ ފޮރުވިފައި ހުރިކަންކަމުގެ ވާހަކަ ހެޔޮވާނީ ނުދެއްކިއްތާއެވެ. މިކަންކަމަށް ނަޒަރު ހިންގާލުމުން ފެންނަނީ ވަރަށް ނުރައްކާތެރި މަންޒަރެކެވެ. ޤައުމަށްޓަކާ ކޮންމެ ވެރިޔަކު އަޒަލު ކުރަން ނިކުންނަ ޕާޕާގެ ނުރައްކާތެރި ކަމެވެ. ރައީސް ނަޝީދު މަޤާމުން ވަކިކުރަން ކުރި މަސައްކަތެވެ. ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް އަކަށް ވުމަށް ކޮށަން އުޅުނު ކުރު މަގެވެ. ސިފައިންގެ އާމަރީގެ ހުރި ހަތިޔާރުތައް ގެއްލުވާލުމެވެ. ރައީސް ޔާމީންގެ ލޯންޗުކޮޅު ގޮއްވާލުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން ހެކި ނައްތާލުމެވެ. މިއަދު މި ޕާޕާ ޤައުމިއްޔަތުގެ ލޯބީގައި ޖެހިގެން ދެން ކުރާނީ ކޮންކަމެއް ބާއެވެ؟ މަޤާމާއި ބާރަށްޓަކައި މީނާ ނުކުރާނީ ކޮންކަމެއް ބާއެވެ؟ ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވޭބާއެވެ؟

    ]]>
    Sun, 07 May 2023 01:42:49 +0500 ހީރަސްނިއުސް
    އެނބުރުނަސް ބުރުނޭގޭ ވަރަށް ނޭބުރޭތި! https://heerasnews.com/1332 https://heerasnews.com/1332 ޗާގޯސްގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ދިވެހިންނަށް ލިބުނު ފައިދާއެއް ނެތްކަމަށެވެ. އެގޮތުން މި ކަމުގައި އުޅުއްވި ބޭފުޅުންނާ ދެކޮޅަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް އުޝާމް ވިދާޅުވިއެވެ. ސިޔާސީ ގޮތުން ތަންމައްޗައް ހީސްލާވަރު ޅަކުދިން މިކަހަލަ ވާހަކަ ދައްކަވާނެއެވެ. 

    އިޓްލޮސްގެ ނިންމުން ގޯސް ކަމަށް ތުހުމަތު ކުރައްވައި ނަޝީދުވެސް މަސައްކަތް ކުރެއްވީ މިމައްސަލަ ވެސް އޮޅުއްވާލައްވާށެވެ. ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު ދޫކޮށްލެއްވީ ކަމަށާއި އޭގެ ސަބަބުން ދިވެހި އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނީ ކަމަށް އެ މަނިކުފާނު ވެސް ވިދާޅުވިއެވެ. އިޓްލޮސްގައި ހިނގީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅިގެން ކުރި ދައުވާއެއް ނޫނެވެ. ޗާގޯސްގެ މިނިވަންކަމާއި މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިން އަރާރުންވާތާ އެތައް އަހަރެއް ވެއްޖެއެވެ. ރާއްޖެއިން ދުވަހަކު ވެސް އެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާއެއް ނުކުރެއެވެ. ނަޝީދުގެ ވެރިކަމުގައި ވެސް އެކަން ކުރެއްވީ އެ މަގުންނެވެ. ވެރިކަމުގައި ހުންނެވިއިރު، ނަޝީދު ވެސް މި މައްސަލައިގައި ގެންގުޅުއްވީ ހަމަ މިސިޔާސަތެވެ. މިއަދު، އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުވެ، ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް ވިދާޅުވަނީ ހަމައިގަވެސް ނެތީމަކަށް ވެދާނެއެވެ. މިހާތަނަށް މިމައްސަލަގައި ރާއްޖެއިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު 1992 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މަޝްވަރާކޮށް ކޮށްފައިވާއިރު 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މޮރިޝަސްގެ ސަރުކާރާއެކު މަޝްވަރާކޮށް އެއްބަސްވެފައިވެއެވެ. 

    ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ އޮކްޓޫބަރު 21ގައި މޮރީޝަސްގެ ކެބިނެޓް ސެކްރެޓަރީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާއިރު ޗާގޯސްއަކީ މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްތަނެއްކަން އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއިން އެއްބަސްވެފައިވެއެވެ. 23 އިއްތިހާދުގެ ޗެއާމަން ޤާސިމް ކަލޭފާނު ވެރިކަމަށް ކުރިމަތިލަނީ ޗާގޯސް އާއި ، މަލިކާއި ވެސް ދިވެހިންނަށް ހޯދާދޭނެ ކަމުގެ ވައުދާއެކުގައެވެ. މެނިފެސްޓީއަކީވެސް ، މޮޓޯއަކީވެސް ޗާގޯސް އާއި ، މަލިކުވެސް ހޯދުމެވެ. މިމީހުންގެ ފެންވަރު ދިވެހިންވަނީ ކޮވިޑުގެ ބަލިމަޑު ކަމުގެ ތެރޭގައިވެސް ތަޖުރިބާ ކޮށްފައެވެ. އެބުނާ ލީޑަރސިޕާއި ގަފޮޅުކަންވެސް ވަނީ ފެނިފައެވެ. އެތައް ހާސް ދިވެހި މުވައްޒަފުންނަށް މުސާރައެއްގެ ގޮތުގައި އެންމެ 1000 ރުފިޔާދީ މަގުމަތިކޮށްލިއެވެ. ނުވިތާކަށް ކޮވިޑައް ފިލަން އެ މަނިކުފާނު ގޮސްހުރީ ރިސޯރޓްގައެވެ. މަޖިލިސްގެ ގޮނޑި އިނީ ހިރަފުސް ފޮޅަން ބައިންދާފައެވެ. މިވަރުގެ ގައްދާރު ފަރަންޖީނަށް ދިވެހިންގެ ހައްޤުތައް ހޯދައިދެވޭނީ ކިހިނަކުން ހެއްޔެވެ. އެޔެއް މިއެއް ނޭގޭ ވަރަށް ބުރުނޭގޭ ވަރަށް އެނބުރެމުން ދިވެހިނަށް ހޯދައިދެވޭނީ ކޮށް ފޯޅަވައްސަކާއި މަލިކެއްހެއްޔެވެ. ހޯދިފަ ހުރިއެއްޗެހި މެނޭޖު ކުރެވޭތޯބަލާށެވެ. އަދި އެއްވާހަކައެވެ. މިހާތަނަށް ރާއްޖޭގެ ތާރީހުގައި ރާއްޖެއިން ބައެއް ވިއްކަން ފައި ވިއްދާފައި ހުރީ އެންމެ ވެރިއެކެވެ. އެއީ ފ އަތޮޅު ވިއްކާލަން އުޅުނު މައްސަލައެވެ. އެކަންވެސް ދިފާއުކޮށް ފ އަތޮޅަކީ އެތަނުގެ ވަޒަންވެރިންގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތުކުރީ އެމްޑީޕީންނެވެ. މިހާރު ދެން މިކަމުގައި އިދިކޮޅުން ދައްކާނެ ވާހަކައެއް ނެތެވެ. ކުރެވޭނެ ކަމެއްވެސްނެތެވެ. 

    ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއީދުކުރުމަކީރާއްޖެއަށް މުހިންމު ، ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާއިރު ރަނގަޅު ސަބަބުތަކެއް އޭގައި އެކުލެވޭ ނިންމުމެކޭ ބުނެވިދާނެއެވެ. އެކަމަކު އަމިއްލަ ސިކުނޑިން ވިސްނާބަޔަކަށެވެ.

    ]]>
    Fri, 05 May 2023 00:18:30 +0500 ޒުރޫ
    އިދިކޮޅުގޮވައިގެން ކުރީ ގައުމީ ފުރައްސާރަ https://heerasnews.com/1335 https://heerasnews.com/1335 ޗާގޯސް މައްސަލައިގައި ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި އިދިކޮޅު ފަރާތްތަކުން ނެންގެވީ މާ ކުރީގެ ޤާނޫނަކާ އެ ޤާނޫން އުވާލާފައި ދެން ހެދި ޤާނޫނެއްގެ ބައެކެވެ. 1976 ގައި ހަދާފައި އޮތް ޤާނޫނެއްގައި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާގޮތް އޮތްއިރު އޭގެ ފަހުން ރާއްޖެއިން 1982 ގައި ސޮއި ކުރި ބައިނަލްއަޤްވާމީ މުއާހަދާއަކުން 76 ގެ ޤާނޫންއުވާލައި އާޤާނޫނެއް ހަދަން ޖެހިގެން 1996 ގައި ތިޔަ ބުނާ ޤާނޫނު ހެދިކަން މުނައްވަރުނޫނަކަސް ދެން ތިބި މީހުންނަށް ވެސް އެނގެއެވެ. 

    އަދި އެޤާނޫނުގެ އެއްބައިގާ ބުނާ 200 މޭލުގެ ވާހަކަ ބުނެފައި ނިންމާލިއިރު އެއީ ރާއްޖޭގެ އުތުރުގެ ވާހަކަ ކަން މުނައްވަރު ވިދާޅުނުވިއަސް ޤާނޫނީ އެހެން ވަކީލުންނަށް އެނގެއެވެ. އަދި ރާއްޖޭގެ ދެކުނުގައިރާއްޖޭގެ އިން ކަނޑައެޅިފައި ނެތީތީއާއި އިންކަނޑައަޅާއިރު އެހެން ޤައުމަކާ ދެމެދު ވަކިވާ ބައިގާ 200 މޭލު ނެތްކަން އެނގޭތީ އެ ޤާނޫނުގައި ހިމެނި މާއްދާ މުނައްވަރު ވިދާޅުނުވިއަސް އެ ޤާނޫނަކުން އުންޏެއް ނުވާނެއެވެ. 

    ދައުލަތާއި ދައުލަތުގެ މަގާމު ތަކުގައި ތިބީ ގައުމައް ހެޔޮ އެދޭ ބައެއް ނޫން ކަމަށާއި، މުވައްސަސާތަކުގައި އެކަށްވެސް ތިއްބެވީ މަކަރު ހެދުމާއި ، ދޮގު ހެދުމާއި ، ރިސްވަތު ނަގާ ބޭފުޅުންގެ ގޮތުގައި ސިފަ ކުރެއްވިއެވެ. ހީހީފައި ދައުލަތާއި މުވައްޒަފުންނަށް ފުރައްސާރަ ކުރުން ނޫން ކަމެއް ހާސިލެއް ނުކުރެވުނެވެ. ދައުލަތުގެ ވެރިންނާއި މުވައްޒަފުން ގެއަށް ކަނޑާލުމަށް އަންގާ އިންޒާރު ދެމުން ގެންދެވިއެވެ.

    ސަރުކާރުން ކުރަމުން އަންނަ ހަރުދަނާ އަދި ދިވެހިންނަށް ލާބަ ލިބޭ އެތައް ކަމެއް ނުވާކަމަކަށް ދައްކައިގެން ކަނުބަންނަން މަސަތްކަތް ކުރިއެވެ.  ދިވެހިންގެ ޖީބުން ވައްކަން ކޮށްގެން ޖަލުގައި ހުންނެވި މީހެއްގެ ވާހަކަ އޮއްބާލަން ފޫގަޅާލިއެވެ. މުޅިންވެސް ދިވެހިހީވާގި މުވައްޒަފުންނަށް ކުރީ ފުރައްސާރައެވެ. ނޫސްވެރިންގެ މިނިވަން ކަމުގެ ދުވަހު ބޭއްވި މި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް ވެސް ކުރީ ފުރައްސާރައެވެ. 

    ރައީސް ސޯލިހުއަކީ ދިވެހި މުވައްވަޒުންނަށް އޯގާތެރި އަދި މުވައްޒަފުންގެ މަސަތްކަތް ބަލައިގަންނަ، މަސަތްކަތެރި ކަމަށް ހިއްވަރުދޭ ފަރާތެކެވެ. އެހެން ރައީސުންނާއި ތަފާތުކޮށް މުވައްޒަފުންގެ މަސަތްކަތައް ތައުރީފުކޮށް ކުރިއެރުމައް އަމަލީ ގޮތުންމަސަތްކަތް ކުރައްވާ ފަރާތަކީވެސް ރައީސް ސޯލިހުއެވެ. ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި އިދިކޮޅު ފަރާތްތަކަށް ރައީސް ސޯލިހުގެ ތަރައްޤީ ހަޖަމް ނުވުމަކީ ގެއްއަށް ކަނޑާލަން ގޮވާ ފުރައްސާރަ ކުރަން ޖެހޭ ސަބަބެއް ނޫނެވެ. 

     

    ]]>
    Thu, 04 May 2023 21:44:56 +0500 ޒުރޫ
    ކުރީގެ ބަންޑާރަނައިބުން ބަންޑާރަ ބިމަށް މަޑަޖެހުން https://heerasnews.com/1333 https://heerasnews.com/1333 ރަޢީސް ސޯލިހުގެސަރުކާރާ ފެޔަށް ޖެހުމަށް ފަހުގައި، ޗާގޯސް މައްސަލަ ފެންމަތިވުމުން ރައީސް ނަސީދުގެ ރާގުވެސް ވަނީ ބަދަލުވެފައެވެ. ދައްކަވަން އުޅުއްވީ ޚުދު އެ މަނިކުފާނު ވެސް އިމުގެ މައްސަލައިގައި ގެންގުޅުއްވި ސިޔާސަތަކީ ގެއްލުން ބޮޑު ސިޔާސަތެއް ކަމަށެވެ. އަދި، ޗާގޯސްގެ ރަށްތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ދެއްކެވީ ހައްތަހާ ވެސް ސިޔާސީ ވާހަކަފުޅުތަކެވެ. މިއީ ސިޔާސީ ބޭފުޅުން، އެ ބޭފުޅުން ބޭނުންވާ ސިޔާސީ މަގުސަދު ހާސިލުކުރައްވަން ގެންގުޅުއްވާ ހަޔާތްކުޑަ ވިސްނުމެވެ. ބޮލައް ތެޔޮއަރައިފައި އިން ގިތޮލެއް ތެޅޭ ވަރަށް ތެޅެން ޖެހޭ އެހެން ސަބަބެއް ނުވަތަ ސަބަބުތަކެއް ވެސް އޮންނާނެއެވެ.

    ރާއްޖެއިން އަބަދުވެސް މިކަމުގައި ވަކާލާތު ކުރަމުން ދިޔައީ މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސަވާ ގައުމަކަށް މުހިންމު މައްސަލައަކަށް ވާތީ، މި މައްސަލައިގައި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން، ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއު ކޮށްގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއަކުން ޤައުމުގެ ބޮޑުބައެއް ގެއްލިއްޖެއޭ" ބުނެ މާ ބޮޑު ޕްރެސް ކޮންފަރެންސެއް އިދިކޮޅުން ރާވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އޭގައި ނަގައިގަތް ބަންޑާރަ ނައިބުންނާ ފުންނާބު އުސް ޤާނޫނީ ވަކީލުން ހިމެނޭނެ ވާހަކަވެސް އައީ އިސްތިހާރު ކުރަމުންނެވެ. އެބުނާ ބަންޑާރަ ނައިބުން ތަކެއްގެ ތެރޭން ޑރ. މުނައްވަރު ކިޔާ ބަންޑާރަނައިބުގެ ދުލުކުރިން އަބަދުވެސް ނުކުންނަނީ ގެއަށް "ކަނޑާލާ" މިބަހެވެ.

    ޗާގޯސް އެއީ ކޮންބައެއްގެ ތަނެއްކަމާއި، ދިވެހިން އެތަން ހޯދަން ކުރި މަސަތްކަތް ބުނެނުދެވުނުތާ، ކިހިލިފަތާ، ފޫކޮޅާ، ތުނބުޅި ހިރުވާ ވަރުން އެތަން ތަން ކަހަމުން ބުނެވުނީ ޗާގޮސް އެއީ ދުވަހަކުވެސް ދިވެހިންގެ ތަނެއް ނޫންކަމަށެވެ. މިއޮތީ އިދިކޮޅު އެއްވެ ވެރިކަން ވައްޓާލަން ތައްޔާރު ވެފައެވެ. އިހުގެ މާޒީ ގެނެސް އިއާދަ ކުރާނަމޭ ބުނެއެވެ. 23 އިއްތިހާދު ގެނެސް މި ފުރޮޅާލަނީއޭ ބުނާފަދައެވެ. ދެން އެތާތިބި އެހެން ބޭފުޅުންގެ އަނގަމަތީ ތަފާލަކުން ޖެހިފަދައެވެ.  ބުނާ ކަހަލައެވެ. މިއޮއް ހުރިހާ ދުވަހު އިދިކޮޅުން ސަރުކާރަށް ބަވާ ނެގީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނެއެވެ. މުނައްވަރެއް ކަމަކު ހެޔޮވާނީ ކިހިނެއް ހެއްޔެވެ. އިދިކޮޅުން ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ހަދައި މިސަރުކާރުން އެތަން ވިއްކާލިކަމަށް ދައްކާ ވާހަކަތައް ތިޔަ ހުއްޓުވާލީއެވެ. ތިޔަ ޖެއްސެވީ ބަންޑާރަބިމަށް މަޑައެވެ. 

    ]]>
    Thu, 04 May 2023 21:34:29 +0500 ޒުރޫ
    200 މޭލު ހަމަޔަށް ނުލިބުނީކީއްވެ! https://heerasnews.com/1311 https://heerasnews.com/1311 ޗާގޯހާއި ރާއްޖެއާއި ދެމެދު އޮތް އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމަށް ގާނޫނީ ފަރުވާއެއް ހޯދުނީ އިއްޔެ (28 އެޕްރީލް 2023) ގައެވެ. މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔައީ ފުށުއަރާ ސަރަަހައްދު ހަމަޔަށް ދެބައިކުރުމަށެވެ. ރާއްޖޭން އެގޮތެއް ގަބޫލު ނުކޮށް ދެބައިކުޅައެއްބައަށް ވުރެ ބޮޑުބައި ރާއްޖެއަށް ލިބެން ޖެހޭނެ ކަމަށް ވަކާލަތުކޮށް ހެއްކާ ގަރީނާ ހުށަހެޅިއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް މައްސަލަ ނިމުނީއެވެ. 

    ދެ ގައުމުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފުށުއެރީ 92،563 އަކަކިލޯ މީޓަރުގެ ސަރަހައްދެވެ. މައްސަލަ ނިމުނީ ރާއްޖެއަށް 47،232 ކިލޯމީޓަރު ސަރަހައްދެއް ލިބިގެންނެވެ. މޮރިޝަސްއަށް ލިބުނީ 45،331 ކިލޯމީޓަރު ސަރަަހައްދެެވެ. ދެ ގައުމުން ވެސް އެ ނިންމުން ބަލައިގަނެ އިހުތިރާމް ކުރެއެވެ. ޒަމާންވީ ބޮޑު މައްސަލައަކަށް ނިމުން އައީއެވެ.

    200 ނޯޓިކަލް މޭލު ނުލިބުނީ ކީއްވެ!

    ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ބޭސްލައިނުން ބޭރަށް 12 މޭލުގެ އެތެރެއަކީ އެ ގައުމެއްގެ ޓެރެޓަރީއެވެ. ރާއްޖޭގެ ބޭރުދުނިން 12 މޭލު އެތެރެއަކީ ރާއްޖޭގެ ޓެރެޓަރީއެވެ.

    ހާއްސަ އިގްތިސާދީ ސަރަހައްދަކީ ބޭސް ލައިނުން (ބޭރު ދުނިން) ފެށިގެން 200 ނޯޓިކަލް މޭލެވެ.

    އެހެން ކަމުން އެންމެ ފުރަތަމަ ވެސް ފާހަގަ ވަނީ ކޮންމެ ގޮތަކަށް މިން އެޅިޔަސް ޗާގޯސްއާއި ރާއްޖެއާއި ދެމެދުގައި 400 ނޯޓިކަލް މޭލުގެ ދުރު މިން ނުހުންނަ ކަމެވެ. 400 ނޯޓިކަލް މޭލު ނެތި ދެބައި މީހުންކުރެ އެއްބަޔަކަށް ވެސް 200 ނޯޓިކަލް މޭލު ހަމައަށް ލިބެން ނޯންނާނެ ކަމެވެ. ދެކޮޅުން ކުރެ ކޮންމެ ކޮޅަކުން 200 އެޅިޔަސް ފުށުނާރާ 200 ހަމަ ނުކުރެވޭނެ ކަމެވެ. 

    ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 މޭލަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދެވެ. އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދާ ފުށު ނާރާ ބަރާބަރަށް 200 ނޯޓިކަލް މޭލު ވަށައިގެން ހުރިހާ ދިމާލަކުން  ރާއްޖެއަކަށް ނުލިބެއެވެ. އޭގެ ހައްލު ރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުު ދީފައި އެބައޮތެވެ. ފުށުއަރާ ދެ ގައުމުގެ ސަރުކާރުން ވާހަކަ ދައްކައިގެން ސުލްވެރި ހައްލެއް ހޯދާ ދެ ގައުމުން ވާ އެއްބަސް ވުމެއްގެ ދަށުން ސަރަހައްދީ އިމުގެ މައްސަލަ ހައްލު ކުރުމެވެ. 

    ރާއްޖެއާއި އިން ފުށުއަރަނީ އިންޑިއާ އާއި ޗާގޯސް އެވެ. އިންޑިއާއި ސްރީލަންކާއާއި ރާއްޖެއާ އޮތް ފުށުއެރުމުގެ މައްސަލަ 1976 ގައި ވެވުނު އެއްބަސްވުމަކުން ވަނީ ހައްލު ކުރެވިފައެވެ. ހައްލުނުވެ ދިގުލައިގެން ގޮސްފައިވަނީ ޗާގޯސް މައްސަލައެވެ. ޗަގޯހަކީ އިގިރޭސިންގެ އިސްތިއުމާރުގައި އޮތް ތަނެއް ކަމުން އެތާނގެ ސިޔާދަތީ ބާރު އިގިރޭސީންނަށް ނެތަތީ ފުށުއަރާ އިމުގެ މައްސަލަ އޮތީ ހައްލު ނުވެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަސް ލިބިގެންވާ ކަމަށް އިޓްލޮސްއިން ގަބޫލު ކުރުމުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމަކީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު އޮތް މައްސަލައަކަށް ބަދަލުވެގެން ދިޔައެވެ. އޭގެފަހުން މިހާރު އެ ވަނީ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި ނިމިފައެވެ. 

    ސަރަހައްދީ އިން ކަޑައެޅުމުގެ ނަތީޖާ

    ޗަގޯސްއާއި ދިވެހިރައްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ސާފުކޮށް ކަނޑައެޅިފައި ނެތުމުން ރާއްޖެއާއި 12 މެލު ކައިރިއަށް އެހެން ގައުމުތަކުގެ މަސްވެރިންނާއި އެނޫން އުޅަދު ފަހަރު ވަދެ ކޮންމެ ކަމެއް ކުރިޔަސް އެކަން ހުއްޓުވޭނެ ގޮތެއް ނެތެވެ. ރާއްޖޭގެ އުޅަދު ފަހަރު ޗާގޯސްއާއި ކިތަންމެ ގޮނޑު ވިޔަސް މޮރިޝަސްއަށް ކުރެވޭނެ ކަމެއްވެސް ނޯވެއެވެ. އެ ސަރަހައްދުގެ ގުދުރަތީ ދިރުމާ ވަސީލަތްތައް ބޭނުން ބަޔަކު ބޭނުން ގޮތަކަށް ބޭނުން ކުރުމުގެ ދޮރު އޮތީ ހުޅުވިފައެވެ. އެއްބަޔަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯވެއެވެ.

    އިން ކަނޑައެޅިގެން ދިޔުމުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓޭނެ ގޮތް ސާފުވީއެވެ. ރާއްޖޭއާއި ބާރަ މޭލާު ބޭރުންނާ އެތެރޭން އެހެން ގައުމު ތަކުގެ އުޅަދުތައް މަސްވެރިކަން ކުރުމާއި ދާއެޅުން ހުއްޓުވުމުގެ ބާރު ރާއްޖެއަށް ލިބުނީއެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތް ކުރެވުނީއެވެ. ވަށައިގެން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ކަށަވަރުވީއެވެ. ރާއްޖެއަށް ހާއްސަ މުޅި އިގުތިސާދީ ސަރަހައްދު އެކުގައި ރާއްޖެއަށް އެދިމާއިން ލިބެން އޮތް ހަމަ އެކަނި ގޮތަކީ ޗާގޯސް ލިބުމެވެ. އެނޫން ގޮތެއް އެކަމުގައި ނެތެވެ. ޗާގޯސް ހޯދުމުގެ ވާހަކައަކީ މުޅިން އެހެން ވާހަކައެކެވެ.

    ]]>
    Sat, 29 Apr 2023 19:36:36 +0500 ހީރަސްނިއުސް
    ފިކުރުދިރޭ ކަލްޓްގައިހުރީ ޕައިރޭޓުންގެހަމަ https://heerasnews.com/1299 https://heerasnews.com/1299
    ޗާގޯސްއަކީ ކުރިން "ބަސަކް ޑި ޗަގަސް" އެވެ. ފަހުން "އޮއިލް އައިލެންޑްސް" އޭވެސް ކިޔާއުޅުނެވެ. ގުދުރަތީ ހަތް އަތޮޅު ހިމެނޭ ޗާގޯސްގައި 60 އަށްވުރެ ގިނަރަށް ހިމެނެއެވެ. ރާއްޖޭގެ ދެކުނުން 1208 ކިލޯމީޓަރ ދުރުގައި އޮތް ޗާގޯސްގެ ދިގުމިނަކީ 500 ކިލޯމީޓަރއެވެ. ލެކެޑިވްސްއާއި ދިވެހިރާއްޖެއާއި ޗާގޯސްގެ ރަށްފަތި ހިއްސާ ކުރަނީ ގުދުރަތީ ގޮތުން އެއް އައްޓެވެ.
    ގުދުރަތީ ގޮތުން އެއްއައްޓެއް ހިއްސާ ކުރާ ހުރިހާ ތަނަކީ އެއްގައުމެއް ކަމުގައި ބެލޭ ކަމެއް ނޫނެވެ. އެހެން ބަލާކަމަށް ވަންޏާ ދިވެހި ރާއްޖެއާއި ލަކުޑިދީބަކީ ޗާގޯސްއެވެ. ނޫނީ ދިވެހިރާއްޖެއާއި ޗާގޯސްއަކީ ލެކެޑިވްސް އެވެ. ނުވަތަ ލެކެޑިވްސްއާއި ޗާގޯސް އަކީ ދިވެހި ރާއްޖެއެވެ.

    ރަންކޮޅާ ބޯންޑޭއެވެ. އެއްޔަކީ އެހެން އޮންނަ ކަމެއް ނޫނެވެ. ދިވެހި ރާއްޖެއަކީ ދިވެހި ރާއްޖެއެވެ. ލެކެޑިވްސްއަކީ ލެކެޑިވްސްއެވެ. ޗާގޯސްއަކީ ޗާގޯހެވެ. 
    ތަންކޮޅެއް ކުރިއަށް ޖެހިލަ ބަލާށެވެ. ޕޯޗުގީޒުން އިންޑިއާ ކަނޑަށް ގަދަވެ ގަނެގެން އުޅުނު އިރުވެސް ޗާގޯސް އެމީހުން ދުއްޓެވެ. " ބަސަކް ޑި ޗަގަސް"ގެ ނަމުން ޗާގޯހަށް ނަން ދިނީ ޕޯޒުގީޒުންނެވެ. ފަހުން ޗާގޯސްއާއި މޮރިޝަސްއަކީ ފަރަންސޭސީންގެ އިސްތިއުމާރުގައި އޮތް ދެ ތަނެވެ. މި އުޅެނީ ޗާގޯހުގެ ތާރީހުގެ ތެރެއަށް ދާކަށް ނޫނެވެ. ޕޯޗުގީޒުންނާއި ފަރަންސޭސީންނާއި އިގިރޭސީން އިންޑިއާ ކަނޑަށް ގަދަވެ ގަނެގެން އުޅުނު އިރު އެއިން އެއްވެސް ބަޔަކު ރާއްޖެއާއި ޗާގޯހަކީ އެއްބައެއް ގެގޮތުގައި ބަލާފައިނެތްކަން ވަރަށް ރަނގަޅަށް ސާބިތުވާ ވާހަކަ ބުނާށެވެ. ޗާގޯހުގެ ނަމާއި އެތާނގެ ރަށްރަށުގެ ނަންތައް ވެސް ކްރިސްޓިއަން ދީނާ މާބޮޑަށް ގުޅިފައި އޮތުމުން އިސްލާމީ ދިވެހިރާއްޖެއާއި ޗާގޯހާ އެއްވެސް ޒަމާނެއްގައި ގުޅުމެއް ނެތްކަން ސާބިތު ވޭ ނޫން ހެއްޔެވެ.
    ޒަމާނުއްސުރެ ދިވެހިން ދަންނަނީ ފޯޅަވަހި ކިޔާ ތަނެއް އައްޑޫ އަތޮޅުގެ ބޭރުން ދެކުނުގައި އޮންނަ ކަމެވެ. ފޯޅަވައްސަކީ އެއްވެސް އިރަކު ދިވެހިން ގޮސްއުޅުނު ތަނެއް ނޫނެވެ. ބޭރު ދަތުރުކުރި ދިވެހި އޮޑިފަހަރު ވައި ނުބައިވެ މޫސުން ގޯސް ވެގެން ބެހިގެން ފޯޅަވައްސަށް ދިވެހިންނަށް ދެވިފައި އެބަހުއްޓެވެ. ބެހިގެން ނޫން ގޮތަކަށް ދިވެހިން ފޯޅަވައްސަށް ދާން ޖެހުނު އެއްވެސް ސަބަބެއް އެނގެކަށް ނެތެވެ. އަނެއް ކޮޅުން ދަރުމަވަންތަ ރަސްގެފާނުގެ ޒަމާނަށް ފަހު ރާއްޖޭގެ އެއްވެސް އަތޮޅެއް އަދި ކިއެއްތަ ރަށެއްގައި ވެސް އިސްލާމް ދީން ނޫން ދީނެއް ނެތެވެ.
    ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރީ އިންޑިއާ ކަނޑުގައި ޕޯޗުގީޒުންގެ ބާރު އޮތް އެ މީހުންގެ ރަންޒަމާނު ގައެވެ. އޭރު ރާއްޖެއަކީ މުސްލިމު ދައުލަތެކެވެ. އޭރު ރާއްޖޭގެ ހުރިހާ އަތޮޅަކީ އިސްލާމް ތަންތަނެވެ. އޭރު ޗާގޯސްއަކީ ރާއްޖޭގެ އަތޮޅެއް ނަމަ ޗާގޯހުގައި ވެސް އުޅޭނީ މުސްލިމުންނެވެ. އޭރުވެސް ޗާގޯހަކީ މުސްލިމުން އުޅޭތަނެއް ނޫންކަން ވަރަށް ސާފެވެ. އެހެން ކަމުން ޕޯޗުގީޒުންގެ ޒަމާނުގައިވެސް ރާއްޖެއާއި ޗާގޯހާ އެއްވެސް ގުޅުމެއް ނެތްކަން އެނގި ކަށަވަރު ވެއެވެ. 
    އިސްވެ ދިޔަ ހަގީގަތް ތަކަށް ވިސްނާލުމުން ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދާއި އޭނާގެ ކަލްޓްގެ ބައިވެރިން ކަމުގައިވާ ބޮންޑެމެން އެ ބުނާހެން ދިވެހިންގެ ހައްގަކަށް ފޯޅަވަހި ވާނެ އެއްވެސް ގޮތެއް ނެތެވެ. ފޯޅަވަހީގައި އޮތީ ގުދުރަތީ ކިތައް އަތޮޅު ކަން ޗާނދަނީ މަގާއި އޯކިޑް މަގުގައި ދަމާކަނޑަން އުޅުނު މީހަކަށް ނޭނގި އޮވެދާނެއެވެ. އެހެނެއް ކަމަކު ހައްގު ނޫން އެއްޗެއް އަމިއްލަ ހައްގަކަށް ހަދަން އުޅޭ ބަޔަކަށްވުރެ ވަކީން ބޮޑު ގައްދާރުންނެއް ނޫޅޭނެއެވެ. ސިޔާސީ ގައްދާރުންނަކީ އެއީއެވެ.
    ފޯޅަވައްސަކީ އަތޮޅެއް ކަމެއް ރަށެއް ކަމެއް ބޮނޑާއަށް ވަކިނުވިޔަސް ފޯޅަވައްސަކީ ޗާގޯސްގައި އޮންނަ އެންމެ ބޮޑުރަށްކަން ގިނަ މީހުނަށް އެނގެއެވެ. އާނއެކެވެ. ފޯޅަވައްސަކީ އެއްޒަމާނެއްގައި ވެސް ދިިވެހިން ދިރިއުޅުނު ރަށެއް ނޫނެވެ. އިހުޒަމާނުގައި ދިވެހި އޮޑިފަހަރު ބެހިގެން ދިޔައީ ހަމައެކަނި ފޯޅަވައްސަކަށް ނޫނެވެ. އަންޒަމާނުކަރައަށާއި ޖާވާކަރައަށް ވެސް ދިވެހިން ބެހިގެން ގޮސްފައި އެބަހުއްޓެވެ. ދިވެހި އޮޑިފަހަރު ބެހިގެން ދެވުނުހާ ތަނަކީ ދިވެހި ރާއްޖޭގެ ބަޔަކަށް ބެލުމަކީ ހާދަހާ ބާބޭރިއަން ގޮތެކެވެ. ފިކުރު ދިރޭ ކަލްޓްގައި ތިޔަ ހުރީ ޕައިރޭޓުންގެ ހަމަތާއެވެ.
    ]]>
    Thu, 27 Apr 2023 20:10:31 +0500 ހީރަސްނިއުސް
    ކާނަލް ނާޒިމަށް: ޗާގޯހުގެ ކުރިން ހޯދަން ޖެހެނީ މަލިކު! https://heerasnews.com/1283 https://heerasnews.com/1283 ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް ވެގެން ތިމަންގެ ވެރިކަމެއްގައި  ޗާގޯސް އަތުލާނެ ކަމަށް ބުނެ ގަދަބަސް ބުނާ މީހުން އެބަފެނެއެވެ. ގަދަކަމުން ދުނިޔޭގެ ބިންތައް އިސްތިއުމާރު ކުރެވޭ ވަރުގެ އަސްކަރީ ބާރަކަށް ރާއްޖެ ވީކޮން އިރަކު ހެއްޔެވެ. އެވަރުގެ ކެރިފޯރުންތެރި ކަމެއް ރާއްޖެއަށް ލިބުނީ ކޮންގޮތަކުން ހެއްޔެވެ. ރާއްޖޭގެ ބައެއްކަމުގައި ޗާގޯސް އޮވެ ރާއްޖޭން ޗާގޯސް ގެއްލުނީ ކޮން އިރަކު ހެއްޔެވެ.

    ޗާގޯހަކީ ރާއްޖޭގެ ބައެއްގޮތުގައި އެއްވެސް ޒަމާނެއްގައި އޮތްކަން ދަލީލުކޮށްދޭ އޮތީ ކޮން ހެއްކެއް ހެއްޔެވެ. ކިތަންމެ ކައިރީގައި އޮތަސް އެއްވައްތަރު ކޮންމެ އެއްޗަކީ އަމިއްލަ އެއްޗެއް ނޫނެވެ. އުފެދުމުގައި އެއް އައްޓެއްގައި އޮތުމަކީ މިލްކުވެރިވާ ކަމެއް ނަމަ ލަކުޑިދީބާއި މަލިކާއި މަހަލްދީބާއި ފޯޅަވައްސަކީ އެއްތަނެކެވެ. ސިފަޔާއި އުފެދި ހެދި ބޮޑުވުމުގެ ވައްޓަފަޅިއާއި އެއްގޮތްކަމަށް ބަލާއިރު މޮރިޝަސްއާއި ޝީސެލްސްއަކީވެސް ރާއްޖެއާ އެކައްޗެކެވެ. އެހުރިހާ ތަނަކީވެސް ރާއްޖެ ކަމަށް ބަލައިގެން ހޯދަން އުޅެމާ ހިނގާށެވެ. ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ބަލަންޏާ ލެކެޑިވްސްއާއި މަލިކާއި މޮރިޝަސްއާއި ޝީސެލްވެސް ރާއްޖޭގެ ބައެއްކަމަށް ނުބަލަންވީ ސަބަބެއް ނެތެވެ. 

    ހަމަ ތެދެކެވެ. ސަރަހައްދީ އިމުގެ މައްސަލާގައި ތޮޅެ ޝަހީދުވާން ރާއްޖެއަކީ ޕާކިސްތާނެއް އިންޑިއާއެއް ނޫނެވެ. ރަޝިޔާއެއް ޔުކްރޭނެއް ނޫނެވެ. އިޒްރޭލެއް ފަލަސްތީނެއްް ވެސް ނޫނެވެ. އެތަން ތަނުގާ ހަނގުރާމަ ކޮށް ޝަހީދު އެވަނީ އެއިން ކޮންމެ ތަނެއްގައި ފާޅުކަން ބޮޑު ތާރީހީ ހަގީގަތްތަކެއް އޮވެގެނެވެ. އެހެނެއް ކަމަކު ދެކޮޅުވެރިކަމުން ހާސިލް ކުރެވޭ އެއްޗެއް އެއްވެސް ބަޔަކަށް ނެތެވެ. އެގޮތަށް ޗާގޯސްއާ ހެދި އުޅެގެން ރާއްޖެއަށް އޮތީ ވާނެ ކޮން މޮޅެއް ހެއްޔެވެ. ވާނެ މޮޅުތަކެއް އޮވެ އެމޮޅު ހޯދަން ވެދިޔަ ދިގު މާޒީގައި ނޫޅެ ތިބީ ކީއްވެހެއްޔެވެ. 

    ބަޔަކު މަތިހަށި ނަގާފައި އުޅޭ ގޮތުން ރައްޖޭން ބައެއް ގެއްލިގެން ހަމަ ނިދި ނުނިދިގެން އުޅޭ ކަހަލައެވެ. ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެ އުފައްދަމުން ދަނީ އަމަށަކު ފިތުނަ އެއް ނޫނެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ޒަމާނުއްސުރެ ރާއްޖެއަށް އޮވެ މި ސަރުކާރުން އެބާރު ދޫކޮށް ލައިގެން އުޅޭ ކަހަލައެވެ. 

    ޒަމާނުއްސުރެ ރާއްޖޭގައި އުޅެނީ ދިވެހިންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. ޗަގޯސްގައި ދިވެހި ބަހުން ވާހަކަ ދައްކާ އުޅުނު އެއްވެސް ޒަމާނެއް ދިޔަކަމެއް ދުނިޔޭގެ ތާރީހު ނުދެކެއެވެ. ފެންނަން އޮތް ހަގީގަތަކީ  ރާއްޖެ ފިޔަވާ ދިވެހި ބަހުން ވާހަކަ ދައްކާ ހަމަ އެކަނި ތަނަކީ މަލިކެވެ. މަލިކު ރާއްޖެއާ މާ ކައިރިއެވެ. ހިތްވަރު ހުރިއްޔާ ޗާގޯސް ހޯދުމުގެ ކުރިން ރާއްޖެއަށް ހޯދަންވީ މަލިކެވެ. 

    ]]>
    Tue, 25 Apr 2023 06:05:53 +0500 ހީރަސްނިއުސް
    ދުފުންގަނޑު ރަތްނުވީމަ ގޯސްވާ މަޑިސީލަ https://heerasnews.com/1276 https://heerasnews.com/1276 ތެރިޕިޔާރޭ ޕލިޔާރޭ ސޫރަތުހޭގެ ލަވައިން ގާސިމު ހޭރުވި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދައިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު މެން އިސްވެތިއްބަވާ އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ކުރީގެ ސަރުކާރަށާއި ރައީސް ޔާމީނަށް ތާއީދުކުރާ ބޭފުޅުން ބައިވެރިވެ ރިލީސްކުރި މަގޭ ދީނާއި މަގޭ ޤައުމާ ނުކުޅެއްޗޭ ފިލްމާއި ، 7 ފެބުރުއަރީ އާއި ގުޅިގެން ކުރީގެ ރައީސް ނަޝީދު ނެރުނު އަސަރުގަދަ ފިލްމު އެރޭ ހާދަރުއިމޭ ފިލްމުވެސް ހަންދާނުން ފިލާގެންދާހާ ދުވަހެއްނުވެއެވެ. މިހުރިހާ ފިލްމެއްގެވެސް ޑައިރެކްޓަރަކީ ގާސިމް އިބްރާހިމެވެ.

    ޑައިރެކްޓަރު ގާސިމް ވިދާޅުވި ގޮތުގައި ފިލްމުގެ އެކްޓަރު ރައީސް ނަޝީދު އަމިއްލަފުޅަށް ބަޣާވާތް ކުރެއްވުމަށް ފަހު މަސައްކަތް ކުރައްވަނީ އެބޭފުޅާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ އަގު ވައްޓާލާށެވެ.  2021 ވަނަ އަހަރު މަޖިލީހުގެ ޖަލްސާއެއްގައި ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ދައުރުގައި ގާސިމަށް ކްރިމިނަލް ކޯޓުން ހުކުން ކޮށްފައި ވަނީ އޭނާ އައިޖީއެމްއެޗްގައި އޮންނަވަނިކޮށެވެ. އަދި މަގޭ ދީނާއި މަގޭ ޤައުމާ ނުކުޅެއްޗޭ ފިލްމުގެ އެކްޓަރު ރައީސް ޔާމިނު ވަރުގެ އަނިޔާވެރި ވެރިޔަކު އަދި އެވަރުގެ ވަގަކު ދެކެވަޑައިނުގަންނަވާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއެވެ.

    ގާސިމްއިބްރާހިމްގެ ދުފުންގަނޑު ރަތްނުވީމާ ހައްތަހާވެސް ވަގުންނެވެ. ކެތްނުވާހާ ހިތްދަތިކޮށްފިކަމަށާއި ، ގައިގެ އެތަން މިތަނަށް ކަށިޖަހާ، ހަރުފަ ވިހަލާހެން ވިހަލައިފިކަމަށާއި ދެން ދުވަހަކުވެސް ނަސީދާ އެކު ސިޔާސީ މަސަތްކަތް ނުކުރައްވާނެކަމައް ވިދާޅުވެއެވެ. އޭނާ ހިތުން އޭނާ ނޫން އެންމެންނަކީ މޮޔައިންނެވެ. ވަގުންނެވެ.   

    އަސްތަ އަސްތާ ދެނަކާ ދެނެތް ނެތެވެ. ރައީސްސް ސޯލިހަކީ ގާސިމް އިބްރާހިމަށް މާ ކަމުދާ ވެރިއެކެވެ. ގާސިމް ގަބޫލު ކުރާގޮތުގައި އޭނައަށް ކިރިޔާވެސް ހިންދެމިލެވުނީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. ރައީސް ސޯލިހުގެ ހެޔޮފުޅުކަމުންނެވެ. އަދި ކީއްހެއްޔެވެ. ރައީސް ސޯލިހު ގައުމު ހިންގަވާ ގޮތައް ފުރިހަމައަށް ދެން ދުވަހަކުސް މީހަކަށް ވެރިކަން ނުކުރެވޭނެއެވެ. ފާއިތުވި ހަތަރު އަހަރު ދެމަފިރިންގެ ތައުރީފާއި ލޯބި ކޮޅުނެތް ކޮޅަށް ރައީސް ސޯލިހުއަށް ވެދުން ކުރަމުން ގެންދެވިއެވެ. 

    ގާސިމް ވިދާޅުވާ ގޮތުގައި އެއިރެއްގައި އޮންނަ އިދިކޮޅު ޕާޓީއަކުން މަޖިލިސްގައި ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަތަކާއި، ކުށް ދައްކަން އަބަދުވެސް މަސައްކަތް ކުރާނެއެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފަރުދީ ގޮތުން ރައްކާތެރިކަން ދޭންޖެހޭ މީހަކަށް ނަމަ އެމީހަކަށް ވެސް ރައްކާތެރިކަން ކަށަވަރުކޮށް ދެއްވަމުންދާ ކަމަށް ވިދާޅުވިއެވެ. ދުފުންގަނޑު ރަތްކޮށްލަންވީމާ ތައުރީފާ ސަނާ މީ ހަކަށް ކިޔާލެވޭނީ މި ފެންވަރަށެވެ.

    މޫސުން ބަދަލުވެ ވެރިކަމަށް ފައިހިއްޕުމަށް އެއްލި ސަފުހާ އާއިއެކު ކުރިން ދެންނެވި ކަށިހެރި މީހުންނާއި، އަނިޔާވެރި ވެރިންނާއި، ދުނިޔޭގައި ނެތްވަރުގެ ބޮޑެތި ވަގުން ކަމަށް ރައްޔިތުންނަށް ދެކި އެކްޓަރުން ހުދު ކާފޫރަށް ވެއްޖެއެވެ. ރައީސް ސޯލިހު ވަރުގެ ނުބައި މީހަކު މިހާރަކު ނެތެވެ. ވާނީ އެހެންތާއެވެ. މި އުޅެނީ އަނެއްކާ ވެސް ދުފުންގަނޑެއް ރަތްވޭތޯއެވެ.

    ކުޑަ އަމީން ހެލްތު މިނިސްޓަރަކަށް ހުންނެވި އިރު، 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް އައުމުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކެއް ނުލިބި، އެ ކުންފުންޏަށް ފައިސާ ދިން މައްސަލައިގައި އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މޫސުން ބަދުލުވިއިރު ދިރުވިފިކުރާއި، ވެންޓިލޭޓަރު ވަގާއި ، ފުއްގުދަންވެސް މިއިނީ ސަން އައިލެންޑްގައެވެ. ވާނީވެސް އެހެންތާއެވެ. ރޮލެކްސް ގަޑިޔާއި ފުލެޓްވަގުންވެސް ސަން އައިލެންޑުގެ ލަގްޒަރީ ވިލާ ތަކުގައެވެ. އެނޫން ގޮތެއްނެތް ފިކުރަށް ވެންޓިލޭޓަރު ވަގުން އޯކޭވެ، ރޮލެކޮސް ގަޑިވެސް އޯކޭވެ، ބަގާވާތާއި ކަރަޕްސަން އޯކޭވެ ބަގުޑިބައްދާނެ ހައްރުއެއްޗެއް ބޭނުން ވެއެވެ. އެހެނަސް ދުފުންގަޑު ރަތްވާ ތަނެއް އަދި ނުފެނެއެވެ.  ދުފުންގަނޑު ރަތްވޭތޯ ލެވެން އޮތްހައި އެއްޗެއްލާނެއެވެ. ދެންވެސް ދުފުންގަނޑު ރަތްނުވީމާ މަޑިސީލަ އެއްލައިލާނީއެވެ.

    ބަލަ މޮޔަފުޅުވީތޯއޭ ގޮވަމުން އަންނަތަން ބަލަން ރައްޔިތުމިހާ އެބަ ހުރީމެވެ.

    ]]>
    Sun, 23 Apr 2023 16:41:41 +0500 ޒުރޫ
    އެވެސް ޑިމޮކްރަސީ! މިވެސް ޑިމޮކްރަސީ! https://heerasnews.com/1270 https://heerasnews.com/1270 ޑިމޮކްރަސީ މި ލަފުޒު އުފެދިފައިވަނީ ޔޫނާނީ ބަހުން "ޑެމޯސް"އާއި "ކްރެޓޯސް" އާއއި ދެލަފްޒު އެކުވެގެން ކަމަށް ވެއެވެ. "ޑެމޯސް"ގެ މާނައަކީ "މީހުން"އެވެ. އަދި "ކްރެޓޯސް" ގެ މާނައަކީ "ބާރު"އެވެ. އެހެންކަމުން ޑިމޮކްރަސީއަކީ "ރައްޔިތުންގެ ބާރު"އެވެ. އެ ގޮތަކީ ރައްޔިތުންގެ އިހުތިޔާރަށް ބަރޯސާވާ ވެރިކަން ހިންގުމުގެ ގޮތެކެވެ.

    ޑިމޮކްރެޓިކް ވެރިކަމުގެ ތަފާތު މޮޑެލްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވެއެވެ. ޑިމޮކްރަސީގެ މަފްހޫމު ވިސްނައިގަނަން ވަރަށް ފަސޭހައެވެ. ޑިމޮކްރަސީއަކީ، ޔަޤީނުންވެސް ހުދުމުހުތާރު ވެރިކަމެއް ނޫނެވެ. ރަނގަޅަށް ވިސްނިއްޖެނަމަ، ޑިމޮކްރަސީއަކީ "މެޖޯރިޓީގެ ވެރިކަން" ކަމުގައި ވެސް ނުވެއެވެ. އޭގެ މުރާދަކީ މައިނޯރިޓީ ތަކުގެ މަސްލަހަތަށް މުޅިން އަޅާނުލާ ކަމަށް ވާނަމަ ހަގީގީ ޑިމޮކްރަސީއަކަށް ނުވާ ނުވުމެވެ. ޑިމޮކްރަސީއަކީ އެންމެ ކުޑަމިނުން، ހުރިހާ ރައްޔިތުންގެ ފަރާތުން، އެމީހުންގެ "އިހުތިޔާރަށް" ވެރިކަން ކުރުން ކަމުގައި ބުނެވިދާނެއެވެ.

    ދިވެހިރާއްޖޭގައި 30 އަހަރުވީ ދިގު މާޒީން އަރައިގަތުމަށް ދިވެހީންގެ ތެރެއިން ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުން އައި ޑިމޮކުރަސީގެ ނަމުގައެވެ. ރާއްޖެއަށް ޑިމޮކުރަސީ ގެނައުމަށްޓަކައި އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ދިވެހި ގަދީމީ ވެރިކަމުގެ ގޮތްގަނޑު ބަދަލުކުރުމަށް ބަޔަކު ކުރިމަތިލާ ގިނަގުނަ މަސައްކަތްތަކެއް ކުރިކަން ތާރީހުން ސާބިތުވާން އެބަހުއްޓެވެ. ސިޔާސީ ކުއްވެރިން ތަކެއްގެ ގޮތުގައި ޖަލުގެ ތޭރިތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކޮށް ޑިމޮކުރަސީއަށްޓަކައި ގުރުބާނީތަކެއް ވަމުން އައި ހިތްވަރުގަދަ ފަހުލަވާނުން ތަކެއްވެސް ރާއްޖޭގައި އެބަތިއްބެވެ.

    ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރެވި ގާނޫން އަސާސީ އިސްލާހު ކުރެވި ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގާއި ބަސްބުނުމުގެ ހައްގާއި ހިޔާލް ފާޅު ކުރުމުގެ ހައްގު ދިވެހިންނަށް ލިބިއްޖެއެވެ. ދިވެހިން ކަސްތަޅުތަކުން މިނިވަންވެ ސިޔާސީ މިނިވަންކަން ލިބިގެން ދިޔައީ ހަގީގަތުގައި 07 އޮގަސްޓް 2008 ގައެވެ. މިދެންނެވި މިނިވަންކަމާއިއެކު ރާއްޖޭގެ ހާންދާނީ ވެރިކަން ފޮރިޅިގެން އެމްޑީޕީގެ އަތްމައްޗަށް އެރިއެވެ.

    ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ތިބޭ ސިވިލް ސާވިސް މުވައްޒަފުންނާއި ކޯޕަރޭޝަންތަކާއި ޔުޓިލިޓީޒް ތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ގަދީމީ 30 އަހަރުގެ ފިކުރުގެ މުވައްޒަފުންގެ ބަރުހެލި މަސައްކަތުގެ ސްޕީޑުގެ ސަބަބުން ރާއްޖޭގައި 11 ނޮވެމްބަރ 2008 (އަންގާރަ) ދުވަހު އުފެދުނު އެމް.ޑީ.ޕީ އިއްތިހާދުގެ ވެރިކަން ދަމަހައްޓަން ތަފާތު އުދަގޫތައް އެކި ދިމަދިމާލުން އައީ ކުރަމުންނެވެ. ސިޔާސީ ލީޑަރުން ބައިވެރިވެގެން ވަކިން ހާއްސަކޮށް ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ފަރުދާގެ ފުރަގަހުންނާއި ރޯމާދުވާލު އެންމެންގެ ކުރިމަތީ ތިއްބަވައިގެން ރާއްޖޭގެ ރައްޔިތުން އިންތިހާބު ކުރި ވެރިކަން 07 ފެބުރުއަރީ 2012 ގައި ފިރުކާލިއެވެ.

    ޑިމޮކްރަޓިކް ވެރިކަމެއް އުފެދިގެން އަންނާނީ ރައްޔިތުންލާ ވޯޓު ކަރުދާހަކުންނެވެ. ސިޔާސީޕާޓީތަކުން ވެރިކަމަށް ކުރިމަތި ލުމުގަޔާއި ، ރައްޔިތުންގެ މަޖިލިސްއަށް ކުރިމަތިލުމުގައި އަދި ކައުންސިލްތަކަށް ކުރިމަތި ލުމުގައިވެސް ކެނޑިޑޭޓުން ނެގުމުގައި ގެންގުޅެނީ ޕްރައިމަރީ ބޭއްވުމުގެ އުސޫލެވެ. އެއީ އެންމެ ޑިމޮކްރެޓިކް ގޮތްވެސް މެއެވެ. ޕްރައިމަރީން ބަލިވާ މީހާ މޮޅުވާމީހާ ފަހަތައް އަރައި އިންތިހާބުން މޮޅުވާން މަސަތްކަތް ކުރުމެވެ.

    ރާއްޖޭގެ ޑިމޮގްރަސީގެ ބައްޕަކަމަށް ގިނަބަޔަކު ބަލައިގެން އުޅުނު އެމްޑީޕީ އާއި ރައީސް ނަސީދުވެސް ރައްޔިތުންނަށް ދަސްކޮށްދިނީ މިދެންނެވި ޑިމޮކްރަސީއެވެ. އެހެންނަމަވެސް މިއަދު މި ފެންނަނީ ޑިމޮކްރަސީގެ ތެރޭން ބަލަން ހުތުރު އަޑު އަހަން އުނދަގޫ މަންޒަރުތަކެވެ. ރޯމާދުވާލު އެންމެންގެ ކުރިމަތީ ތިއްބަވައިގެން ރާއްޖޭގެ ރައްޔިތުން އިންތިހާބު ކުރި ވެރިކަން 07 ފެބުރުއަރީ 2012 ގައި ފިރުކާލުމުން ދެންވެސް ރައްޔިތުމީހާ ބުނަމުންދިޔައީ މަޗިސްޗިސް ކޮސްލިޔަސް ފިސްފިސްކޮށްލިޔަސް ނެތޭ ވެވޭކަށް ބާގީއަކަށް މިހެނެވެ. އެހެން ނަމަވެސް މިއަދު އަހަރެމެން މިކިޔާ ޑިމޮކްރަސީގެ ބަފައިންނަށް މިދެންނެވި ކޯޓްތައް ތުރުކުރަށްވަން ހެޔޮވަރެވެ. ހަމައެކަނި ތިމާގެ ޖާހާ ވެރިކަމުގެ ލައްޒަތުގެ ބޭނުމުގައެވެ.

    ބޭނުންވީމާ މަޖިލީހުގެ ވިޕްލައިނެތްވެސް ނެތެވެ. ޕްރައިމަރީން ވަކިމީހަކު މޮޅުވުމުން އެކަމެއްވެސް ބަލައެއް ނުގަނެވެއެވެ. ރައްޔިތުން ގުރުބާންވެގެން ދެމެހެއްޓި ޕާރޓީގެ ނަން ކިލަންބުކޮށް ފިކުރެއްދިރުވަންވީމައި ބާގީންގެ ކޯޓްވެސް ހަމަ ހެޔޮވަރެވެ. ޕާރޓީއަކަށްބެލުމެއްނެތެވެ. ޕާރޓީގެ މެންބަރުންނަކަށް ބެލުމެއްނެތެވެ. އެބަޔަކަށްޓަކައި ޖާނާމާލު ގުރުބާންކުރި ރައްޔިތުމީހާގެ ބަހެއްވެސް ނުވިކެއެވެ. އެމީހުން ބޭނުންވީމައި އެވެސް ޑިމޮކްރަސީއެވެ. ފިކުރެއްދިރުވަންވީމައި މިވެސް ޑިމޮކްރަސީއެވެ. ހުރިހާ ހުތުރެއް ރައްޔިތުމީހާއަށެވެ. 

    ]]>
    Sat, 22 Apr 2023 19:41:30 +0500 ޒުރޫ
    ރިޔާސީ އިންތިހާބުގައި ފެންނާނީ ސޯލިހާ ޝާޒްގެ ތަފާތު. https://heerasnews.com/1239 https://heerasnews.com/1239 ނިމިދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ފެނުނީ 15 ވަރަކަށް އަހަރު ތެރޭ ގުރައިދޫ ދާއިރާގައި އެމްޑީޕީ ފައިތިލަ ސާބިތު ކުރި މިންވަރެވެ. ޕާޓީއެއްގެ ފަލްސަފާއާއި އަސާސް ތަކުން ރައްޔިތުންނަށް އަންނަ ހެޔޮ ބަދަލުގެ އަސަރު ހިތްތަކަށް ކުރަމުންދާ މިންވަރެވެ.

    ރަށްރަށުގެ އާންމު ހާލަތު ބަދަލުވެ ދިރިއުޅުމުގެ ހުސްތަން ބަދަހިވަމުން ދާކަމުގެ އިހުސާސް ރައްޔިތުންނަށް ކުރަމުންދާ މިންވަރެވެ. ޒަމާނުއްސުރެ ބަޔަކު ގަބޫލު  ކުރާ ސިކުނޑީގެ މަޅިތަކުން ނެއްޓި ބުއްދި ވީއްލުމަކީ ލަސްލަހުން އިންސާނާއަށް އަންނަ ބަދަލެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެތްތެރި، މަޑުމައިރި އަދި ހަމަ ހަމަ ސިޔާސަތުގެ ސަބަބުން ގުރައިދޫ ދާއިރާއަށް އައިސްފައިވާ ބަދަލަކީ މުޅި ރާއްޖެއަށް ނިސްބަތް ވާނެ ނަމޫނާ އެކެވެ. 

    އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމުގައިވާ އިބްރާހީމް ޝާޒް އާއި ހުސައިން ރިޒާގެ ހުރި ތަފާތާ ފަރަގު އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ ގުރައިދޫ ރައްޔިތުންނަށެވެ. އެކެއްގެ ޕްލަސް އަދި އަނެކެއްގެ މައިނަސް ވަޒަން ކުރެވޭނީ އެ މީހުންނަށެވެ. މަރުޙޫމް އިބްރާހީމް ރިޒާއާއި އެ އާއިލާއަށް އޮތް ހަމްދަރުދީ ބޮޑެވެ. ޝާޒްއަކީ ވެރިކަން ކުރާ މައި ޕާޓީ ތަމްސީލު ކުރި ކެންޑިޑޭޓެވެ. 

    ކުރިއަށް އޮތީ މި އަހަރުގެ ރިޔާސީ އިންތިހާބެވެ. އެ އިންތިހާބުގައި ރައްޔިތުން ވޯޓްދޭން ހުންނާނީ އިބްރާހިމް ޝާޒެއް ނޫނެވެ. އަދި ކިއެއްތަ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައމަދު ސޯލިހެވެ. ޝާޒްގެ ކާމިޔާބީ އަކީ އެމްޑީޕީއެވެ. އޭގެ މައްޗަށް ރައީސް ސޯލިހު ކާމިޔާބު ކުރައްވަން އޮތީ ރަށްތަކުގެ ތަފާތެއް ނެތް އަސާސީ ހިދުމަތާ ތަރައްގީއާއި ސިއްހަތާއި ތައުލީމާއި ކެތްތެރި ކަމާ ގައުމީ މަޞްލަޙަތާ ހަމަޖެހުމުންނެވެ.

    ރަނގަޅަށް ދެކެން ތިބޭށެވެ. މި ފަހަރު މޮޅުވި އިބްރާހީމް ޝާޒަކީ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހެއް ނޫންކަން ގުރައިދޫ ދާއިރާގެ ރިޔާސީ އިންތިހާބްގެ ނަތީޖާއިން ފިސާރި ބޮޑުކޮށް އެ މަނިކުފާނު ދައްކަވާނެއެވެ.

    ]]>
    Sun, 16 Apr 2023 16:36:53 +0500 ހީރަސްނިއުސް
    ވޯޓުލަނީ ހުސް ޕާޓީ ތަކުގެ މެމްބަރުންނެއް ނޫން. https://heerasnews.com/1237 https://heerasnews.com/1237 ސިޔާސީ  ޕާޓީތައް ހަދައިގެން އެކި ލޯގާ ހަދައިގެން، އެކި ކުލަކުލައިގެ ކުލަ ލައިގެން އުޅޭ މީހުން މި ތިބެނީ ހާދަހާވާ ބޮޑު އޮޅުމެއްގައެވެ. އަދި އަމުދުން އިދިކޮޅު ޕާޓީއެއް ވިއްޔާ ހީވަނީ މިއީ މާމަތީ ބައެއް ހެންނެވެ. މުޅި ދިވެހި ދައުލަތާ ހުރިހާ ރައްޔިތުންނަކި ތިމާމެން ކަމަށް ހެދިގެން އުޅޭ އިރު ހީވަނީ ދެން އެހެން އެއްވެސް އެއްޗެއް ނެތް ހެންނެވެ.

    ބަލަގަ އިލެކްޝަންސް ކޮމިޝަންއަކީ ދައުލަތުގެ މުއައްސަސާ އެކެވެ. ތިޔައިން އެއްޕާޓީއެއްގައި އެންެމެ މެމްބަރެއް ނެތަސް އެ ކޮމިޝަނުން ބާއްވާ އިންތިޚާބްތައް ބާއްވަނީ ދިވެހިރައްޔިތުން ވޯޓް ލާށެވެ.

    މޫސުމް ގޯސްވެ، ފެންބޮޑުވެ އުދައަރާ ނުވަތަ ރޯދަމަހުގެ ސަބަބުން ވޯޓް ލުމުގައި ރައްޔިތުންނަށް ފަސޭހަ، އެންމެންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކާ އެކޮމިޝަނުން ނިންމާ ނިންމުންތަކަށް ކަލޭމެންގެ ފިތުނަ އާއި ޒުވާބާ ހަމަނުޖެހުން ވެއްދުމަކީ އެ ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ނޫނެވެ.

    ހުރިހާ ދިވެހިރައްޔިތުން ވޯޓްލާނެއެވެ. އެ އެންމެން ތިބީ ކަލޭމެންގެ ޕާޓީތަކުގެ މެމްބަރުންނަށް ވެގެން ކަލޭމެން ބުނާހާ ގަޑިއަކަށް ވޯޓުލާން ނުކުންނާނަކަށް ނޫނެވެ.

    ވޯޓުލާން ފެށޭއިރަށް ކަލޭމެން ނުކުމެ ކަލޭމެންގެ ލިސްޓްގައި ތިބޭ މީހުން ދަމާ  ކޫތާފައި ނެރެމު ނޫން ހެއްޔެވެ؟ އެ ނޫން މީހުން ވޯޓްލާން އަންނާނީ އެ މީހުންނަށް ފަސޭހަ ގަޑިއަކުއެވެ.

    މިއަދު ވިއްސާރަ ވެގެން ނުވަތަ ރޯދަ އަޅުކަމުގައި ތިބި ކަލޭމެންނާ ނުވެސް ބެހޭ ރައްޔިތުންނަށް ވޯޓުލުން ފަހިވާ ގޮތަށް 1 ގަޑިއިރު އިތުރަށް ދިވެހި  ރައްޔިތުންނަށް ދިނުމަކީ ކަލޭމެންނާ ބެހޭ ކަމެއް ނޫނެވެ. ވަގުތާ ހާލަތާ ސަބަބުތަކަށް ބަލާ އެކަން ނިންމާނީ އިލެކްޝަން ކޮމިޝަނުންނެވެ. ތިމާމެންގެ ޒިންމާ ތިމާމެން އަދަ ނުކުރިޔަސް އެހެން މީހުން ކަންތައް ކުރަންވީގޮތް ކިޔަން އެނގިގަމެގެން ނޫޅެބަލާށެވެ. 

    ތިޔަ ބުނާ އިތުރު ކުރި 1 ގަޑިއިރު ތެރޭގައި ކަލޭމެންގެ ޕާޓީއެއްގެ އެއްވެސް މެމްބަރަކު ވޯޓުލުން މަނާ ކުރިހެއްޔެވެ؟ ނުކުރޭ ނޫންހެއްޔެވެ؟ ތިމާމެން ޕާޓީއަކަށް ތާއީދުކޮށް ވޯޓުލާނެ މީހަކު އެ 1 ގަޑިއިރުގެ ތެރޭގައި ނެތުމަކީ ތިޔަ ޕާޓީ ތަކުގެ ހަސް ނެތި ފޭލިވަމުންދާ ކަމުގެ ހެއްކެވެ.

    ތާއީދު އޮންނާނީ ވެސް، ތާއީދު ލިބޭނީ ވެސް ދިވެހިރައްޔިތުން އެހިނދަކު ބޭނުންވާ ގޮތަށެވެ.

    ]]>
    Sat, 15 Apr 2023 20:51:38 +0500 ހީރަސްނިއުސް
    އިބޫ ދިފާއު ކުރަން ޖަމީލު ނިކުތުން https://heerasnews.com/1235 https://heerasnews.com/1235 ސަރުކާރަކުން ކުރާކަމެއްގެ ރަނގަޅު ނުރަނގަޅު ބަލާނެ ނިކަން ފަސޭހަ ގޮތެއް އެބައޮތެވެ. އެއިރަކު އޮންނަ ސަރުކާރެއްގެ ވަކިކަމެއް ގޯސްކޮށް އޮތް ކަމަށް ޑރ. ޖަމީލު ބުނެފިތަ އެކަމެއް އެއޮތީ ނިކަން ރަނގަޅަށެވެ. 

    ރައީސް ސޯލިހު ސަރުކާރަކީ ޑރ. ޖަމީލުގެ މިންގަޑުން ބެއްޔަސް ރާއްޖެ ނުދެކޭ ފަދަ ކާމިޔާބު ސަރުކާރެކެވެ. ރައީސް ސޯލިހު ސަރުކާރުން ރަނގަޅަށް ކުރާ އެއްކަމެއް އޮތްކަމަކަށް ޑރ. ޖަމީލު ނުބުނެއެވެ.

    އެންމެ ފަހުންވެސް ޖަމީލު ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ހުރިހާ ނިޒާމެއް އޮތީ ބޮއްސުންލާފައި ކަމަށެވެ. ޖަމީލު ދިވެހި ރައްޔިތުންނަށް އެދޭ ޔަގީން ކަމަކީ ރައީސް ސޯލިހު ސަރުކާރުގެ ހުރިހާ ނިޒާމެއް ތަރުތީބުން އިންތިޒާމު ވެގެން ރަނގަޅަށް ހިނގަމުން ދާކަމުގެ ޔަގީންކަމެވެ.

    ކޮންމެ ދިމާލަކުން ކަންކަން ކުރަނީ އެ މީހަކު ހިތުހުރި ގޮތަކަށް ކަމަށް ޖަމީލު ބުނުމުން އެނގިގެން އެދަނީ އެއްވެސް މީހަކު ބޭނުންހާ އެއްޗެއް މި ސަރުކާރުގައި ނުހެދޭކަމެވެ. ސަރުކާރު ކުންފުނި ތަކުގައި ކޮރަޕްޝަނާއި ފަސާދައިގެ ކަންފުޅެއް ވެސް ނެތްކަން އެނގެނީ ސަރުކާރުގެ ކުންފުނިތައް ވައްކަމުގެ ހާއްޔަކަށް ވެފައިވާ ކަމަށް ޖަމީލް ބުނުމުންނެވެ.

    ޖަމީލުގެ ހަސަދައިގެ ޓްވީޓެއް 

    ޕީޖީއާއި އީސީ އަކީ ފިސާރި ރަނގަޅަށް ހަރަކާތްތެރި ގާނޫނީ ހުކޫމަތު ރަނގަޅަށް ހިންގާ ތަންތަންކަން އެގިގެން ދަނީ އެތަންތަން ވާގިނެތިފައިވާކަމަށް ޖަމީލު ބުނުމުންނެވެ. އަނެއްކޮޅުން ރިޝްވަތާއި ނުފޫޒް ފޯރުވުން އާންމުވެއްޖެ ކަމަށް ޖަމީލު ބުނުމުން ކަށަވަރު ވެގެން ދަނީ ރިޝްވަތާއި ނުފޫޒު ފޯރުވުމުގެ ކަންފުޅެއް ވެސް މި ސަރުކާރުގައި ނެތްކަމެވެ.

    ޑރ. ޖަމީލަށް ރާއްޖެއަކީ ލޯލެސް ސްޓޭޓެއްގެ ގޮތުގައި ސިފަވުމުން ރާއްޖެއަކީ ގާނޫނީ ހުކޫމަތު ފުރިހަމައަށް ހިނގާ މުސްތަގިއްލު މިނިވަން ދައުލަތެއް ކަން ކަށަވަރު ވެއްޖެއެވެ.

    އެހެން ނުވާނީ ކީއްވެ ހެއްޔެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ޔާމީނަށްވުރެ ވަކީން ބޮޑުވަގެއް ހުރިކަމަކަށް ޖަމީލަކަށް ނުވެއެވެ. ވައްކަމާ ފަސާދައިން ތަތްނުތެޅޭ އެންމެ ކުންފުންޏެއް ދައުލަތުގެ އިދާރާއެއް އޭރު އޮތްކަމަކަށް ޖަމީލަކަށް ނުވެއެވެ. ރިޝްވަތާ ނުފޫޒު ފޯރުވުމުގައި ޔާމީނަށް ވުރެ އަރާހުރި މީހަކު އޭރަކު ޖަމީލަކަށް ނެތެވެ. ޔާމީނުގެ ވެރިކަން ނިމުމުން އާހިރުގައި ޔާމީނާއި ޔާމީނު ސަރުކާރުން ކުރި ކުޑަވެސް ގޯސްކަމެއް ޖަމީލަކަށް ނެތެވެ. ޔާމީނު ކުރިހާ ވައްކަމާއި ހިފިހާ ރިޝްވަތާއި ފޯރުވިހާ ނުފޫޒާއި ދިންހާ ރިޝްވަތާއި އޮތް އަނިޔާވެރިކަން ހަލާލު ކުރަމުން ހުކުން ހަރާން ކުރަން ނިކުމެ އިސްވެ އެހުރީ ޑރ. ޖަމީލެވެ. 

    ތިންއިރު ކާ ބޭހެއްހެން މި ސަރުކާރު ބަދުނާމު ކުރަން އަނގަފުރާ މިހާރު ދައްކާ ހުރިހާ ވާހަކައެއް އަމިއްލަ އަނގަޔަށް ވައްދައިގެން މި ސަރުކާރުގެ އަދުގެ އަމަލު މާދަމާ ދިފާއު ކުރަން ކޯޓުތަކަށް ޑރ. ޖަމީލު ދުވާ މަންޒަރު ލޮލަށް އެބަ ސިފަވެފައެވެ. 

    ]]>
    Sat, 15 Apr 2023 13:33:06 +0500 ހީރަސްނިއުސް
    ނަޝީދާ ގާސިމުގެ ރުހުން އިބޫއަށް މުހިއްމެއް ނޫން! https://heerasnews.com/1232 https://heerasnews.com/1232 ދިވެހި ރައްޔިތުންނަކީ އެއްވެސް ސިޔާސީ ލީޑަރަކު އަނބުރަން ގެންގުޅޭ ބުމަރެއް ކަމަށް ހީކޮށްގެން ނުވާނެއެވެ. ލީޑަރަކަށް ބަޔަކު ތާއީދުކޮށްގެން އުޅެނީ އެ ލީޑަރަކު ހަދާނެހާ އެއްޗެއް ހަދަން ރުހިގެނެއް ނޫނެވެ. ވެރިކަމުގެ މަސްތުގައި ހިފެހެއްޓި ހަމަލަމަ ދޫކޮށް ރޮނގު ހުރަސް ކުރާ ކޮންމެ ލީޑަރަކު ޖެހޭނީ ބަކީވެ އެހެރި ވާށެވެ. 

    އެކަކުވެސް ހަކުޅި ކުރިއަށް ކުޅޭނަމޭ ހިތާ ރައްޔިތުން ގުނބޯ ހައްދާނެ ކަމެއް ނެތެވެ. ރައްޔިތުން މަޑުމަޑުން ބަސް އަހައިގެން ތިބުމަކީ ކަމެއް ވަކި ގޮތަކަށް ނުވާނެކަމަށް ބަލަން އޮތް މިންގަނޑެއް ނޫނެވެ. ރައްޔިތުން އިތުބާރުކޮށް ބަރުދިނީމާ އަމިއްލަ ރާޒުވާ ގޭމަކަށް ގައުމު ހެދިދާނެ ކަމަށް އެކަކުވެސް ހީކޮށްގެން ނުވާނެއެވެ.

    އަންނިއަށް ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުކުރީ ޑރ. ވަހީދު  ގޮވައިގެން ވެރިކަން ކުރުމަށެވެ. އެހެނެއް ކަމަކު ދުވަހެއް ދުވަހަކަށް އަންނިއަށް އަންނި އޮޅި ފާލުން ނެއްޓުމުން ބަގަވީ ހަރަކާތަކުން ޑރ. ވަހީދަށް ވެރިކަން ފޮޅާލިއެވެ. 

    ޔާމީނަށް ވެރިކަން ހޯދަދިނީ މައުމޫނު ކަމަށްވެގެން މައުމޫނުގެ މުށުތެރެއަށް ޔާމީނު ލައިގެން އުޅެން މައުމޫނު ލައްކަ ހިތްވަރު ކުރިއެވެ. އެންމެ ފަހުން ޔާމީނަށް ޖެހުނީ ހަށިފޮޅާލާ މައުމޫނު ފައްސާ ނަގާލާށެވެ. ރައީސްކަން ކުރަން މައުމޫނާ ހެދި އުދަނގޫ ވެެގެންނެވެ. ޕާޓީގެ ބާރުތައް މައުމޫނު އަތުން އެކީއެކަށް ނިގުޅައިގަނެ ޔާމީނުގެ ކޮންޓްރޯލުގެ ދަށަށް ޕަޓީގެނައީ އެހެން ގޮތެއް ނެތިގެނެވެ. 

    އުކުޅަހު ކޮންގްރަހުން އެމްޑީޕީ ރިޔާސީ ޓިކެޓް އިބޫއަށް ދިނީ އަންނިއަށް ވާދަކުރެވެން ނެތުމުންނެވެ. އެހެން ކަމުން އިބޫ ވެރިކަމަށް ގެނެސް ދިނީ އަންނި ކަމަށްވެ އަންނިގެ ގޮނޑި ކޮއްކޮ އަކަށް އިބޫ ހަދަން އެކި ގޮތްގޮތަށް މަސައްކަތްކޮށް ބޮޑު ތަނުން އަންނިގެ ހަގީގީ ސިފަ ފާޅުވެ ބާކީވީއެވެ. ވެރިކަން ކުރާ މައިޕާޓީގެ ރައީސް ކަމުގައި ހުރެގެން ވެރިކަމާ ދެކޮޅުވެ އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ޕާޓީ ބައިބައިކޮށް ފުޑާލަނީއެވެ. 

    ޕާޓީގެ މަސްލަހަތު އިސްކުރުމުގެ ގޮތުން އެޅެން ހުރި އެތައް ފިޔަވަޅެއް ނާޅާ ރައީސް ސޯލިހު ހުންނެވުމުގެ ނަތީޖާއެއް ގޮތުން ސަރުކާރު ހޫނު ފެނަށް ވެއްޓެނީ މަދެއްކޮށް ނޫނެވެ. ވަފާތެރިކަމާއި އިހުލާސްތެރި ކަމާއެކު ޕާޓީއާއި ސަރުކާރު ދިފާއު ކުރުމުގައި އަވަދިނެތި އުޅޭ އާއްމު މެންބަރުން މާޔޫސްވެ ހަރަކާތް ހުއްޓޭ ވަރަށް މަސްލަހަތު އިސްކުރުމުގެ ނަމުގައި ނަޝީދާ ބަގުޑި ބައްދަން ގިނަ މީހުން ބޭނުމެއް ނޫނެވެ. 

    މަޖިލީހުގެ ރިޔާސަތުގައި ނަޝީދާއި އީވާ ބައިތިއްބައިގެން ސަރުކާރު ބަރަހަނާކޮށް ވީދާ ކުދިކުރަން ދީގެން ތިބޭކަށް ގިނަ މީހުން ބޭނުމެއް ނޫނެވެ. ވުޖޫދުގައި ނެތް އެތައް މައްސަލައެއް އުފައްދައިގެން ދައުލަތް ގަޑުބަޑު ކުރަން އަންނިއަށް އިނާޔަތާ ރައްކާތެރިކަން ދީގެން ތިބޭކަށް ރައްޔިތުން ބޭނުމެއް ނޫނެވެ. ދެ ފުށުން ފިރުމާ ޗޯކުޖަހާ ރަން އިލޮށިން ކަދުރު ކާން ދިނަސް އަންނިއަށް ވެރިކަން ނުލިބެންޏާ އަންނި ހިފަހައްޓާނެ މަސްލަހަތެއް ރައީސް ސޯލިހަށް އަންނި ދޭނެ ވޯޓެއް ހޯދާ ދޭނެ ވޯޓެއް ނުއޮންނާނެއެވެ. 

    ގާސިމާ އަންނިއާ މަޝްވަރާ ކޮށްގެން ރައްޔިތުންނަށް ހޯދާދެވޭނެ މޮޅެއް ރައީސް ސޯލިހަކަށް ވެސް މިހާރަކު ނުއޮންނާނެއެވެ. ދެވަނަ ދައުރު ބޭނުން ނަމަ ރައީސް ސޯލިހު ވެސް ކުރަން ޖެހޭ ކަމަކީ ރައީސް ނަޝީދާ ގާސިމާ ފޭވުމެވެ. އެ މީހުން ދުކޮށްލާ ރައްޔިތު މީހައާއި ވީހާވެސް ކައިރިވުމެވެ. ވީހާ ބޮޑަކަށް ރައްޔިތުންނަށް ކަންކަން ލުއިކޮށް ދިނުމެވެ. ފަސޭހަ ކޮށްދިނުމެވެ. ގިނަ ބަޔަކަށް ފާހަގަ ކުރެވޭވަރުގެ ބޮޑެތި ލުއިތަކެއް ވީހާވެސް އަވަހަކަށް ހޯދާދިނުމެވެ. އުސޫލަށް ގެންނަ ކުޑަކުޑަ ބަދަލަކުން އެތައްބަޔެއްގެ ދިރިއުޅުމަށް ބޮޑެތި ހެޔޮ ބަދަލު އަންނާނެ އެތައް ކަމެއް މާބޮޑު ހަރަދަކާ ނުލާވެސް ކޮއްލެވެން އެބަހުއްޓެވެ. ނަޝީދާ ގާސިމުގެ ރުހުން ހޯދަން އުޅުމަށް ވުރެ އެކަންކަން ކުރުން މާ ރަނގަޅުވާނެއެވެ.

    ނަޝީދާއި ގާސިމްގެ ފުށުން ލިބޭނެ މޮޅެއް ރަނގަޅެއް ނުއޮންނާނެއެވެ. އެމީހުން ކުރާ ދުއްޕާނަކަށް ކުޑަވެސް ލުޔެއްް ދުލެއް ނުދޭނެއެވެ. އެއްޔަކީ ވެރިކަން ނޫން ކަމެއް ބޭނުންވާ ބައެއް ނޫނެވެ. 

    ]]>
    Fri, 14 Apr 2023 21:05:11 +0500 ހީރަސްނިއުސް
    ފިކުރެއްގެ ދިރުމުގެ ގުނބޯ ސަރުކާރު https://heerasnews.com/1229 https://heerasnews.com/1229 ގާސިމަށް ވެރިކަން ލިބިއްޖެ ނަމަ ބާރުތައް ދަމައިގަންނަން ދީގެން ގާސިމު ހުންނާނެ ހެއްޔެވެ. ދައުލަތުގެ ހުރިހާ ބާރު ނަޝީދަށް ދީގެން ދައުލަތުގެ އެންމެ މަތީވެރިޔާގެ ނަން ހޯދައިގެން މާޓުކުރިއެއް ގޮތުގައި ގާސިމް ދަތް ދިލުވައިގެން ހުރެދާނެ ކަމަށް ނަޝީދަށް ހީވަނީތާއެވެ. ނަޝީދުގެ ހީލަތްތެރި ހުށަހެޅުމެއް ޖޫމްހޫރީ ތެރޭގައި ލާހިފުމަކީ ދުރުކަމެކެވެ. ބޮޑަށް ބެލެވެނީ ނުހިފާނެ ކަމަށެވެ. 

    ޖުމްހޫރީއަކީ އަބަދުވެސް މޫސުމީ ކަނދުފައްޗެއް ކަމަށް ނަޝީދު ދެކެއެވެ. އެކަން ގިނަ ބަޔަކަށް އެނގެއެވެ. އެމްޑީޕީގައި އެ ފިކުރު ނުދިރިގެން ލައްކަ މަސައްކަތް ކުރިއެވެ. އުޅެއުޅެ ނަޝީދަކަށް އެކަމެއް ނުވިއެވެ. ދުސްތޫރީ ބޮޑެތި ބަދަލު ތަކެއް ގެނައުމުގެ ފިކުރު އެމްޑީޕީގައި ފެން ނުހިފައިގެން އެ އޮތީ ޖުމްހޫރީއަށް ވައްދާފައެވެ. ފިކުރު ދިރޭވަރު މިފަހަރު އެނގޭނެއެވެ. ރިޔާސީ އިންތިހާބުގެ ކުރީން ވަތްކަނޑާނުލާ ތިބިއްޔާ މޮޅެވެ.

    އާދަ ފޫވައްޓަނިވި ފަދަ ތަފާތު ގޮތަކަށްވެސް ނަޝީދުގެ ހުށަހެޅުމާ އެއްގޮތަށް ނިޒާމު ބަދަލު ވެއްޖެނަމަ ވަޒީރުން އަންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. ރައްޔިތެއްގެ ވޯޓަކުން މަޖިލީހަށް ހޮވެވޭވަރުގެ މީހަކު ޖުމްހޫރީގައި ނެތްކަން ނަޝީދަށް ރަނގަޅަށް އެނގެއެވެ. މިހާރު އޮތް މަޖިލީހުގެ ދައުރު ދަންމާލައިގެން ބަރުލަމާނީ ސަރުކާރެއް އުފެއްދިޔަސް ވަޒީރުކަން ދޭންވެސް ނުދޭންވެސް މަޖިލީހުގައި ހުރީ ގާސިމް ފިޔަވާ ޖުމްހޫރީގެ އެންމެ މެންބަރެކެވެ.

    ދިވެހި ދައުލަތުގެ ސިފަތަކަށް ނަޝީދު ގެންނާން އުޅޭ ބަދަލުތައް ގެނެސްގެން ރައީސް ކަމަށް ގާސިމް ހޮވިގެން ކުރާނީ ބަރުލަމާނީ ވެރިކަމެއްތާއެވެ. މަޖިލިހަށް އަލަށް މެންބަރުންނެއް އޭރަކު އަދި ނުހޮވޭނެތާއެވެ. މަޖިލީހުގެ އުމުރު ދަންމަލައިގެން މަޖިލީހުގައި ތިބެނީ މިހާރު ވެސް އެތިބަ މެންބަރުންނެވެ. އޭރަކުން ރައީސް ގާސިމުގެ ސަރުކާރެއް ރައީސް ގާސިމުގެ ވަޒީރެއް ނުހުންނާނެއެވެ. އޮންނާނީ ބޮޑުވަޒީރު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ވެރިކަމެވެ. ވަޒީރުކަން ކުރާނީ ތޮއްޑޫ ގިޓާއާއި ހޯޑެއްދޫ ފިރުޝާނާއި ބޮންޑޭ މެން ކަހަލަ ގުނބޯލުންނެވެ.

    އައިޝާއާއި އަމީނު އިބްރާހީމާއި ޑރ. ހުސައިނާއި އިލްހާމާ ނިހަނާއި އަލީ އާރިފާއި ނަވާޒާއި ޑރ. އާމާލާއި ޑރ. ނާޒް ފަދަ މީހުނަށް ވަޒީރުކަން ނުލިބޭ ސަރުކާރެއް ގާސިމް އިސްވެ ހުރެ އުފެއްދިޔަ ދޭނެހެއްޔެވެ. ނުދޭނެކަން ގައިމެވެ. މަޖިލީހަށް މެންބަރުން ތަކެއް އައްޔަނު ކުރެވޭ ގޮތަށް ނިޒާމަށް ބަދަލު ގެންނަން ހުށަހަޅާފައި އެ އޮތީ އެކަމުގެ ފަރުވާގެ ގޮތުގައި ދައްކައިގެން ގާސިމުގެ ބޮލަށް ހީލަތްތެރި ކަމުގެ ޗިޕް ޖަހަން ކަމަށް ބެލެވެއެވެ. އެ މަޅީގައި ގާސިމް ޖެހުން ގާތެވެ.

    ސިޔާސީ ގޮތުން ފަށްކަނޑާން ޖެހި އިއްދައިން ކެނޑިފައިތިބި ކަސްބީން ތަކެއް މަތިފަޑީގައި ތިބި ކަނދުފަތި ގަނޑަކަށް އެގޮތްވެސް ފަހަރުގައި ކަމު ހިނގައިދާނެއެވެ. އުޅެއުޅެ ނުވިކަމެއް ވަންޏާ ބޮޑުފެންޑާގައި އެލުވާފައި ހުންނަ ޗާނދަލިއާއެއްހެން އޮޔެއް ވަޔެއް ނުޖެހި ނަމެއްގައި ހުންނަން ރުހެގެން ވެސް ހުރެދާނެއެވެ. 

    ]]>
    Thu, 13 Apr 2023 19:01:57 +0500 ހީރަސްނިއުސް
    ފިކުރެއްގެ ފިތުނައިގައި އެސްޓީއޯ ގޮދަންފުށް ފެކްޓަރީ ހިމުން ކުރުން https://heerasnews.com/1221 https://heerasnews.com/1221 ކޮވިޑްގެ ދަތި ހާލަތާ އެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު  އިސްކަން ދެއްވިއެވެ.  

    ރާއްޖެއަށް ބޭނުންވާ ކާނާ އާއި ބޭހުގެ ސަޕްލައިގެ ޔަގީންކަން ހޯއްދެވުމަށް އެ މަނިކުފާނު ފައްޓަވަން ޖެހުނީ ސުމަކުންނެވެ.

    އެމްއެސްއެސްގެ ނަމުގައި ސަރުކާރުގެ އާގުބޯޓު ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި އުފެއްދެވި ނަމަވެސް އެކަމާ މޫނު ކުނިކުރި ސިޔާސީ މީހުން ތިއްބެވެ. 

    ސަރުކާރުން މުދާ އެތެރެ ކުރުމަކީ އޭގެ ފްރައިޓްގެ ޒަރީޢާއިން ރައްޔިތުންނާ ހަމައަށް މުދާ ފޯރުކޮށް ދިނުމުގައި ލުއި ލިއްބައި ދެވޭނެ ކަމެކެވެ. އަނެއް ކޮޅުން ރައްޔިތުންގެ ޒަރޫރީ ސަޕްލައި އެތެރެ ކުރުމުގައި އެހެން ބަޔަކަށް ބަރޯސާ ނުވުމުގެ ހަރުދަނާ ނިންމުމެކެވެ.  

    ސުމަކުން ފަށައިގެން ކުރުމުއްދަތެއްގައި އަމިއްލަ 3 އާގު ބޯޓްގެ ފްލީޓަކާ އެކު އެއީ މިހާރު ގެއްލުން ނުވެ ހިނގާ ފައިދާވާ ކުންފުންޏެކެވެ.

    ސަރުކާރުގެ ޝިޕިންގ ކުންފުންޏާއެކު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ކާޑްގެ ބާވަތް ކަމުގައިވާ ގޮދަންފުށުގެ ޔަގީންކަން އޮތުމަށް ރައީސް ބޭނުންފުޅުވިއެވެ. އެސްޓީއޯ ގޮދަން ފުށް ފެކްޓަރީއެއް ކުޅުދުއްފުށީގައި ބިނާ ކުރުމުގެ ވާހަކަ އުފަންވީ އެ ހިސާބުންނެވެ.

    ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ކުރެއްވި ކަމަކީ ޔާހަބޭހަށް ސަރުކާރުގެ އެހީގައި އޭނާގެ ގްރޫޕް ރަށުގައި އުފެއްދުމެވެ. އަދި ކައުންސިލްގެ މައްޗަށް ނުފޫޒު ހިންގޭނެ ގޮތަށް ކަންކަން ބައްޓަންވާނެ ގޮތް ރޭވުމެވެ.

    ހުރިހާ ކަމެއް ފުރިހަމަ ވުމުން ފިކުރެއްގެ ދިރުމަށް ބަދަލުވެ ސަރުކާރާ އެމްޑީޕީއަށް ގެއްލުންދޭ ޓީމްގެ މެމްބަރުކަން އިއުލާން ކުރިއެވެ. 

    އެސްޓީއޯ ގޮދަންފުށް ފެކްޓަރީ ކުރިއަށް ނުދަނީ ރައީސް އޮފީހުން ގޮތް ނުނިންމައިގެންނޭ ބުނެ އަޑުތައް ފަތުރާ އިރު ކުރަންޖެހޭ ބޮޑު ސުވާލެއް އެބަ އޮތެެވެ. އެއީ ފެކްޓަރީ ގާއިމު ކުރަންޖެހޭ ބިން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެސްޓީއޯ އާ ހަވާލު ކުރީތޯ އޮތް ސުވާލެވެ. އެކަން ނުކުރާނަމަ އެކަން ވިޔަ ނުދޭން ކައުންސިލަށް ނުފޫޒު ފޯރުވާނަމަ އެ މީހަކީ ކާކުތޯ އޮތް ސުވާލެވެ.

    ކުޅުދުއްފުށީގައި ގޮދަންފުށް ފެކްޓަރީ އަޅައިގެން ސަރުކާރަށް ހެޔޮބަހެއް ލިބެން ބޭނުން ނުވާނީ މ އޮތްހާ ދުވަހު އެސްޓީއޯގެ އެމްޑީ ކަމުގައި ހުރި ފިކުރެއްގެ ދިރުމުގެ ހުސެން އަމްރާ ކުޅުދުއްފުށީ އުތުރުގެ މަޖިލިސް މެމްބަރު ފިކުރެއްގެ ދިރުމުގެ ޔާސިރެވެ.

    ތިޔަ ފިކުރުގެ ދިރުމަކީ އަންނިއެވެ. އަންނިގެ ފިކުރަކީ ތިމާ ނޫން އެމްޑީޕީގެ އެކަކުވެސް ރާއްޖޭގެ ވެރިކަމުގައި ނުބެހެއްޓުމެވެ. ރާއްޖެއާ އެމްޑީޕީއަށް ދެވުނު  ގެއްލުމެއް ދީގެން ވެސް ރައީސް  ސޯލިހަށް ދެވަނަ ދައުރެއް ނުދޭން އަންނި އެހުރީ ނުކުމެއެވެ. ވީއިރު އަންނިއާ އަމްރާ ޔާސިރަށް ވެގެން އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ހެދިޔަކަ ނުދޭނެއެވެ.  

    އަންނިއަށް ދެވޭނެ އެއްޗެއް ނަމަ ރައީސް ސޯލިހަށް ދެވަނަ ދަައުރެއް ނުދޭނެކަން އެންމެން ދަނެއެވެ. ދެވަނަ ދައުރޭ މިކިޔަނީ ވެރިކަމަށެވެ. ޔަގީނުން ވެސް ވެރިކަމަކީ އަންނިދޭ އެއްޗެއް ނޫނެވެ.

    ]]>
    Mon, 10 Apr 2023 22:55:56 +0500 ހީރަސްނިއުސް
    ނުވާނެ އެއްކަމެއް ނޯންނަ ނާޒިމް ޕެޑްކާޑް https://heerasnews.com/1209 https://heerasnews.com/1209 ކާނަލް ނާޒިމްގެ ވެރިކަމެއްގައި އެކަކު އެކައްޗެއްވެސް ގަންނާކަށް ނުޖެހޭނެއެވެ. ކާކަށް ބޯކަށް ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން އިރަކު ބޭނުން ކަމެއް ބޭނުން ތާކުން ކުރެވޭނެއެވެ. ކަރަންޓާ ފެނާ ދަތުރުފަތުރާ ބޭސް ފަރުވާއަށް ލޯލާރިއެއް ވެސް ހަރަދު ކުރާކަށް އޭރަކުން ނުޖެހޭނެއެވެ. ހިޔާވަކި ކަމަށް އެއްވެސް ހަރަދެއް ކުރާކަށް އަމްދުން ނުޖެހޭނެއެވެ.

    ކޮންމެ މީހަކަށްމެ ދައުލަތުން ހުރިހާ ކަމެއް އޮންނަނީ ހަމަޖައްސާ ދީފައެވެ. އެއްވެސް މީހެއްގެ އަމިއްލަ އެއްވެސް އެއްޗެއް ނުހުންނާނެއެވެ. ހުންނަނީ އެންމެންގެ އެއްޗިއްސެވެ.

    ވެލްފެއަރ ސްޓޭޓަކަށް ވުރެ ވެލްފެއަރ ބޮޑު ވާނެއެވެ. މުސްކުޅިންނާއި މައިންބަފައިން ބެލުމާ ދަރިން ބެލުމުގެ ޒިންމާ އެކަކުވެސް އަދާކުރާކަށް ނުޖެހޭނެއެވެ. ވަކިމީހެއްގެ ދަރިއަކަށް ވެގެން ދަރިން ބަލާކަށް މައިން ބަފައިން ބަލާކަށް ނުޖެހޭނެތާއެވެ. ބަލިވެ އިންނަ އަންހެނާއަށް ޖެހޭނީ ދަރި ވިހާލާށެވެ. ވިހެއުމަށްފަހު ދަރީގެ ޒިންމާ އެއްވެސް މަޔަކަށް އުފުލާކަށް ނުޖެހޭނެއެވެ. ވިހެއީއްސުރެ ބޮޑެތި ވަންދެން ކުދިން ބަލާނީވެސް ދައުލަތުންނެވެ. އެއްވެސް މަޔަކަށް އޭނާގެ ދަރިޔައިގެން ދުވަހަކުވެސް ކަރުނައެއް އަޅާ ވޭނެއް އުފުލަން ނުޖެހޭ ގޮތަށް އަލަށް ވިހާ ހުރިހާކުދިން ތިބެނީ މަސްހުނިކޮށް ދައުލަތުގެ ކުދީންގެ ގޮތުގައެވެ. ގައުކޮޅު ނުކިޔެއްކަމަކު އިރުތައެއް ވާރުތައެއް އެކެއްގެވެސް ނުއޮންނާނެއެވެ. އަންބެއް ފިރިއެއް ދަރިއެއް ތިންބެއް ދާޅިއެއް ނާޒިމް ޕެޑް ކާޑު ލިބުމަށް ފަހަކު ނުއޮންނާނެއެވެ. 

    އެންސްޕާއެއް އާސަންދައެއް ސަބްސިޑީއެއް ކިޔާނެ ކަމެއް ނެތެވެ. އެފާޑުގެ އެއްވެސް އެހެން ސްކީމެއް ޕެޑްކާޑް ފިޔަވާ ނާޒިމުގެ ވެރިކަމެއްގައި ނުއޮންނާނެއެވެ. ދިވެހިރައްޔިތު ކަމުގެ ކާޑު ހަދާހެން ކޮންމެ މީހަކު އޭރުން ޖެހޭނީ "ނާޒިމް ޕެޑް ކާޑް" ހަދާށެވެ. ކަނބަލުންގެ ޕެޑުހޯދުމުން ފެށިގެން ކޮންމެ ކަމެއް ކުރަންވިޔަސް ދައްކާލަން ޖެހެނީ ނާޒިމް ޕެޑްކާޑެވެ. ހުރިހާ ހިދުމަތެއް އޮންނާނީ ޕެޑް ކާޑްގައެވެ. ބޯހިޔާވަހިކަމާއި އުނު އަންނައުނާއި ކެއިން ބުއިމާ އެއްދާން ކުރުމާއި ބޭސް ފަރުވާއަށް ދަންދެން ޕެޑް ކާޑުން ލިބޭނެއެވެ. ޕެޑްކާޑުން ނުލިބޭނެ އެއްވެސް ހިދުމަތެއް އޭރަކުން ނޯންނާނެއެވެ.  

    ]]>
    Sat, 08 Apr 2023 20:33:18 +0500 ހީރަސްނިއުސް
    މަޖިލީހުގެ އެންމެ މައިނޯރިޓީ ލީޑަރ https://heerasnews.com/1196 https://heerasnews.com/1196

    އާނއެކެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ގާސިމް ބޭނުމެވެ. މެޖޯރިޓީ ލީޑަރުކަންވެސް ގާސިމު ބޭނުމެވެ. އަދި ކީއްކުރަން ހެއްޔެވެ. ރާއްޖޭގެ ރައީސް ކަމާއި މުޅި ދައުލަތްވެސް ގާސިމު ބޭނުމެވެ. މިހާރުވެސް ގާސިމް އެ ހުރީ މަޖިލީހުގެ އެންމެ މައިނޯރިޓީ ލީޑަރ ކަމުގައެވެ.

    ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންގެ ތެރެއިން 8 ބޭފުޅަކު ގާސިމްގެ ފަހަތަށް ގެނައުމުގެ ހުވަފެން ގާސިމް ދުށުމަކީ ސިއްސައިގެން ދާވަރުގެ ވާހަކައެއް ނޫނެވެ. އެ މަގަށް ގާސިމް މަސައްކަތް ނުކުރާނެ ކަމަކަށް އެއްވެސް އިރަކު އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. ގާސިމް ބޭނުން ވާނީ އެންމެ އަށް މެންބަރުންނެއް ވެސް ނޫނެވެ. މުޅި މަޖިލީހެވެ. 

    ރިޔާސީ އިންތިހާބު ނިމެންދެން ވެސް ފިކުރެއްގެ ދިރުމުގެ ބާގީން ކޮޅު ގާސިމާ އެކު ތިބޭނެ ކަމެއް ނޭނގެއެވެ. އެ މީހުންގެ ޑިމާންޑް ތަކަށް ގާސިމަށް ގުރުބާން ވެވޭވަރުގެ ހިއްވަރެއް ގާސިމުގެ ކިބައަކު ނުހުންނާނެއެވެ. އަންނި ބުނާހާ އެއްޗެއް ހަދައިގެން ގާސިމަށް ވެރިކަމަށް ނާދެވޭނެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ގާސިމަށެވެ. ބޭނުން ވަރަކަށް އެ މީހުނަށް ގާސިމު ފައިސާ ދިނަސް ހަދާނީ ހަދާނެ އެއްޗެއްކަން ގާސިމަށް މާރަނގަޅަށް އެނގޭނެއެވެ. 

    ގާސިމްގެ ފަހަތަށް ގެނެވޭނެ ކަމަށް ތިޔަ ހީކުރާ އަށް މެންބަރުން ގާސިމްގެ ފަހަތަށް އަރަންޖެހޭ ސަބަބެއްނެތެވެ. އެ މެންބަރުންގެ ދައިރާތަކަށް ރައީސް ސޯލިހު ހޯއްދަވާ ދެއްވަމުން އެގެންދަވާ ތަރައްގީ އެ ބޭފުޅުންނަށް ފެނިވަޑައިގަނެއެވެ. މެންބަރުންގެ މުހުތާދުތައް ހުންނަކަމާއި އެ މުހުތާދުތައް ފުއްދަވަ ދެއްވައިގެން އެ ބޭފުޅުންނަކީ އަބުރުވެރި ބަޔަކަށް ހެއްދެވުމަށް ރައީސް ސޯލިހަށް ނުކުރެއްވުނު ކަމެއް ގާސިމަކަށް އަދި ނަޝީދަކަށް ވެސް ނުކޮށްދެވޭނެކަން އެންމެ ރަގަޅަށް އެނގިވަޑައިގަންނަވަނީ އެ މެންބަރުންނަށެވެ. ތިޔަ ބުނާ އަށް މެންބަރުންނަކީ ހަށިވިއްކާ ބައެއް ކަމަށް ސިފަކޮށްގެން ހަދަން އުޅޭ ޑީލަކުން ގާސިމަށް އެންމެ މެންބަރަކު ވެސް ގުޑުވައެއް ނުލެވޭނެއެވެ. 

    އެންމެ އިތުބާރުކުރި އަލި ހަމީދުވެސް އެ ނައްޓާލީއެވެ. ކައިރީގައި ތިބި މީހުން ނުހިފެހެއްޓި އެންމެ ދެ މެންބަރުންނަށް ޕާލަމަންޓްރީ ގުރޫޕް ބަދަލުވެގެން ދިޔައިރު އެހެން ބަޔަކު ފަހަތައް ގެންނާނީ ކިހިނެއް ހެއްޔެވެ. ފައިސާ އަޅައިގެން ހެއްޔެވެ. އެހެން ހީވަންޏާ ތިޔަ ޖެހެނީ އަމިއްލަ އަތުން އަމިއްލަ ދަންމަޅިއެވެ. މަހެއް ފަހާލާނެ މަހެއް ކަނޑު ހިނގާ ފާނެއެވެ.  

    ސިޔާސީ ހަށިގަތުމުގެ ވިޔަފާރީގައި ގާސިމަށް ކަމަކަށްވާ ކަހަލަ ކަމެއް ކުރެވުނު ނަމަ ރާއްޖޭގެ ރައީސްކަން ގާސިމު ކުރާނެތާ ކިތަންމެ ދުވަހެކެވެ. ކިންގއަށް ވާންއުޅެ ނުވެވި ކިންގ މޭކަރ ހެދިގެން އުޅެއުޅެ ވަރުބަލި ވެއްޖެ ނޫން ހެއްޔެވެ. އަންނަ ރިޔާސީ އިންތިހާބުގައި ކިންގ މޭކަރަށް ވެސް ނުވެވި އަބަހައްދުވާ ދުވަހު ބާކީވެ ޖީޓީއަށް ވީވަރުވެސް ނުވާތަން އެބަ ފެނެއެވެ.

    ]]>
    Mon, 03 Apr 2023 22:15:49 +0500 ހީރަސް
    ގާސިމަށް ވެރިކަމުން ބައިނުލިބޭނެ ފަސްއަހަރު https://heerasnews.com/1191 https://heerasnews.com/1191 ސިޔާސީ އިސްލާހީ ހަރަކާތުގެ ނަމުގައި ކޮންމެވެސް ބަޔަކު ކޮންމެވެސް ފެންވަރެއްގައި އަބަދުވެސް ކުރެއެވެ. އެކި ފަހަރު އެކި ނަމުގައެވެ. ކޮންމެ އިސްލާހީ ހަރަކާތަކާއެކު ބަދަލުތަކެއް އައުދެއެވެ. ހެޔޮބަދަލާއި ނުބައި ބަދަލެވެ. ހަރަކާތުގެ ކުޑަބޮޑު މިންވަރުން ނެރެވޭ ނަތީޖާވެސް ތަފާތެވެ.

    ވެރިކަން ހޯދުމަށް ގިނަ ބައެއްގެ ތާއީދު ހޯދުމަށާއި ބާރުވެރިކަން ދަމަހައްޓަން ބައި ބޮޑުކުރެއެވެ. ވެރިކަން ލިބުމުން ދޭނެއެއްޗަކާ ކޮށްދޭނެ ކަންކަމުގެ ވާހަކަ ދައްކައެވެ. ޕާޓީ ހަދައިގެން މެންބަރުން ގިނަކޮށް ޕާޓީގެ ހަރަކާތްތައް ހިންގާ ބޮޑުކުރަނީ ވެރިކަން ހޯދުމަށެވެ. އެކި ސިފަސިފަގައި އެކި ނަންނަމުގައި ކޯލީޝަން ހަދަނީވެސް އެބޭނުމުގައެވެ. އެކަނިމާ އެކަންޏަށް ވެރިކަމެއް ހޯދޭވަރު ނުވާތީއެވެ. 

    ވައުދާއި އަހުދާއި މެނިފެސްޓޯއަކީ ވެސް ވެރިކަން ހޯދުމަށް އަޅާ ފާލަމެވެ. ރައީސް ނާސިރާއި ރައީސް މައުމޫނު މެން ގިނިކަންޏާ ވެރިކަމަށް ކުރިމަތި ލެއްވި ދުވަސްވަރު ވެސް ވޯޓު ހޯއްދެވުމަށް ވައުދާއި އަހުދުވެއެވެ. ބިންގާ އަޅާ ކަޑަޖަހައެވެ. ތަފާތަކީ މިހާރުހެން ވާދަވެރި އެހެން މީހަކު ފެންނަން ނެތުމެވެ.

    އީވާން ނަސީމްގެ މަރަށް ފަހު ރާއްޖޭގެ ސިޔާސީ ނާރެސް ބަދަލުވެގެން އައީ ހަމަ ހުރެފައެއް ނޫނެެވެ. މަލްޓިޕާޓީ ޑިމޮކްރަސީގެ ނަމުގައި ދިގު ތިރީސް އަހަރުގެ ވެރިކަން ފުރޮޅާލުމަށް ތަފާތު ފިކުރުގެ އެތައް ބަޔަކު ހިންގި އިސްލާހީ ހަރަކާތް އެއްގައު ކުރުވި ނަމަކީ އެމްޑީޕީއެވެ. ވެރިކަމުގެ ބޭނުން އޮވެ އެ ބޭނުމަށް މަސައްކަތްކުރުވި އެންމެން އެއްބަސްވާ އެއްފިކުރު ކަމަށްވާ ބަދަލުގެ ފިކުރުގެ ނަމަކީ އެމްޑީޕީއެވެ.

    ވެރިކަން ބަދަލު ކުރުމަށްޓަކާ އެމްޑީޕީ އުފެދުމުން ވެރިކަން ދެމެހެއްޓުމަށް ޑީއާރުޕީ އުފަންކުރީ ވެރިކަމުގައި މައުމޫނު ވެސް 30 އަހަރު ހުންނެވީ އެކަނި ނޫން ކަމާއި ބައިބޮޑުކަމާއި އަސްލު ސައިޒް ދެއްކުމަށެވެ.

    އިސްލާހީ ހަރަކާތުގެ ކޮއްތުދަރާ ބޯފެނަކީ ގާސިމު ކަމަށް ހެދިގެން ހަރަދު ބަރަދު ސުމާރެއް ނެތި ކުރީ ގައުމަށް ހެވެއް އެދިގެނެއް ނޫނޭ ބުނެވެހާވެއެވެ. އޮގަސްޓް 12،13ގެ ޖަލުގޮޅިން ޑީއާރުޕީގެ ނައިބު ލީޑަރަކަށް ބަދަލުވެ ޑީއާރުޕީގެ ތެރޭގައިހުރެ މައުމޫނުގެ ވަރަކޮށާލީ ވެސް ގާސިމެވެ. އަމިއްލަ އަތް މައްޗަށް ވެރިކަން ފިރުކާލުމުގެ ބޭނުމުގައެވެ. 

    މައުމޫނުގެ ވެރިކަމަށް 27 އަހަރު ވުމަށްފަހު ބާރުތައް މަޑުމަޑުން ދޫވަމުން އައި ތަންވަޅު ބަލާ މައުމޫނުގެ ހިޔަނިން ވެރިކަމުގެ ބާރު އަތްމައްޗަށް ކަހާލަން ބޭނުންވީ އެންމެން މައުމޫނު ގެ ޑީއާރުޕީގެ ތެރޭގައި އޭރު ރުކުރުވާލާފައި އޮތުމުން އެތަނަށް ވަދެ ޑީއާރުޕީ ފުނޑާލިއެވެ. ޔާމީނަށް ޕީއޭ ހެދުމަށް މަޖުބޫރު ކުރުވިއެވެ. މޮނާޒާ ނައީމް ލައްވާވެސް ޕާޓީއެއް ހެދުވީއެވެ. އޭޑީކޭ ނަޝީދު ލައްވާ ޖުމްހޫރީ ޕާޓީ އުފެއްދިއެވެ. ބޭނުމަކީ ގާސިމް އިބްރަހީމްގެ ވެރިކަމެއް ނުވަތަ ގާސިމްގެ ގޮނޑިކޮއްކޮ ވެރިކަމެއް ބޭއްވުމެވެ. 

    2008ގެ ބަދަލުގެ ވަގުތުގައި ދެވަނަ ބުރުގައި އެންމެން ފެނުނީ ވަތަން އެދޭ ކޯލިޝަންގައި ތިއްބައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދާއި ރަނިންމޭޓް ޑރ. ވަހީދަށް ބައިއަތު ހިފައިގެންނެވެ. އިސްލާހީ ހަރަކާތުގައި އުޅުނު ތަފާތު ފިކުރަށް ތަފާތު ނަންދީގެން ވަކިވަކީން ތިބެފައެވެ. ހީކުރި ގޮތަށް ގާސިމަށް ވެރިކަން ލިބޭގޮތް ނުވެ ގާސީމަށް އަބަދުވެސް ވާންޖެހެނީ ވެރިކަން ހޯދާދޭ މީހާއަށެވެ.

    އަންނަ ފަސްއަހަރަކީ ވެރިކަން ހޯދާދޭމީހާއަށް ވެރިކަން ނުލިބި ވެރިކަމުން ބައިނުލިބޭނެ ފަސް އަހަރަށެވެ. ފުރަތަމަ ބުރުން ވެރިކަމަށް ރައީސް ސާލިހު ނޫނީ ރައީސް ޔާމިނު އަޔަސް ގާސިމަށް ވެރިކަމުގެ ބޯކިބާލުގެ މަތި އެނދި ކުރަކޮޅެއްވެސް ނުލިބޭނެއެވެ. 

    ]]>
    Sun, 02 Apr 2023 15:35:45 +0500 ހީރަސް
    ނަޝީދާއި ގާސިމާއި މައުމޫނަކީ ގައުމީ މުސީބާތެއް! https://heerasnews.com/1187 https://heerasnews.com/1187 ނަޝީދާ މައުމޫނާ ގާސިމުގެ މުސީބާތަކީ ކުޑަ މުސީބާތެއް ނޫންކަން ޔާމީނު ދެނެވަޑައިގަނެއެވެ. މި މީހުން މުޖުތަމައަށް ދޫވެފައި ތިބެގެން ދުވަހަކު ގައުމު ހަމަ މަގަށް ނޭޅޭނެކަން ޔާމީނު ވިސްނިވަޑައިގަނެއެވެ. އެހެންކަމުން ރައީސް ޔާމީނުގެ ޖެހެލުން ކުޑަ ރަހުމު ކުޑަ ސިޔާސަތުގެ ކުރިމަތީގައި ހުރިހާ ވާދަވެރިން ކުރެ އެކަކަށްވެސް ވައްވަކެއް ނުޖެއްސެވުނެވެ. ރައީސް ޔާމީނު ކުރެއްވި ކަމަކީ ނިއްކުރިފުޅުގައި އަނިޔާވެރިކަމުގެ ސިއްކަ އަމިއްލަފުޅަށް ޖެއްސެވުމެވެ. އުސޫލުން ބޭރުންވެސް ހައްޔަރުނުކޮށް ދޫކޮށްލާފައި ބައިތިއްބާ ވަރަށްވުރެ ގައުމީ ސަލާމަތަށް އެމީހުންގެ ނުރައްކާ ބޮޑުކަން ޔާމީނު ދެނެވަޑައިގެން މޫނެއް ކަނދުރާއަކަށް ނުބައްލަވާ ފިޔަވަޅު އެޅުއްވީއެވެ. 

    ހަމަ އެޔާއެކު ޔާމީނުގެ ވެރިކަމުގައި ހިންގިހާ ހިޔާނަތާއި ބިޔަ ބިލާދަރު ވައްކަންތައް ފަސޭހަ ރަހުމަތެއްގައި ނުބެލޭ ވަރަށް އެކަމުގައި މުޅި ދައުލަތް ޝާމިލް ކުރުވީއެވެ. އިދިކޮޅެއް އެއްކޮޅެއް ނުބައްލަވައެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕާއި ފަނޑިޔާރުންވެސް ޖައްސާ ގަރަނބު ކޮއްލެއްވީއެވެ. 

    ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނުގެ ވެރިކަން ނިންމަން ގައުމީ ސަލާމަތަށް ނުރައްކާތެރި ނަޝީދާ ގާސިމާ މައުމޫނު މިނިވަން ކުރަން އެމީހުންގެ އައުވާނުން ގުޅިގެން ފޫގެޅިއެވެ. ދަނޑިވަޅުބަލާ ޝައިހު އިމްރާނާ ކާނަލް ނާޒިމާ ވެސް އެ ފައްޗަށް މަހާލައިގެން އެއްވާނަކަށް ޖެއްސިއެވެ. އޭރު ނަޝީދު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި މައި ބަދައިގެ ފަރުވާ ކުރެއްވުމަށް ވަޑައިގެން ގޮތަށް ރާއްޖޭން ބޭރުގައެވެ. މައުމޫނު ހުންނެވީވެސް ޖަލުހުކުމުގައި ޖަލުގައެވެ. ޔާމީނާ އަންނި ގުޅިވަޑައިގެން ގާނޫނު އަސާސީއަށް ގެނައި ބަދަލަކުން އުމުރު ދޮށިވެ ރިޔާސީ އިންތިހާބަށް ނުނިކުންނޭވޭ އިރު ގާސިމް ހުންނެވީ ހުކުމަށް ފިއްލަވައިގެން ޖަރުމަނުގައެވެ. ޝައިޚު އިމްރާނާ ކާނަލް ނާޒިމުވެސް ތިއްބެވީ ޖަލުގައެވެ.

    ހާލަތު ނިޔާކުރިގޮތުން ރައީސް ޔާމިނުގެ ވެރިކަން ނިންމުމަށް ވާދަވެރިން އެއްވާނަކަށް ފެށި މަސައްކަތުގައި އެމްޑީޕީ އިސްވެ އޮވެ ބިޔަ ބޮޑު ކޯލިޝަނެއް ހެދިޔަސް ރިޔާސީ ކެންޑިޑޭޓަކަށް ނެރޭނެ މީހަކާމެދު އެއްގަލަކަށް އެރުން އުދަގޫވެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް އެހެން އެންމެން އެފުރުސަތު ދޫކޮށްލިއެވެ. 

    އެހެނެއް ކަމަކު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނު ހިސޯރު ކުރައްވައިގެން މިހާރު އެ އުޅުއްވާހެން 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދު ހިސޯރު ކުރެއްވިއެވެ. ރިޔާސީ އިންތިހާބުގައި ގާނޫނީ ގޮތުން ވާދަ ނުކުރެއްވޭނެކަން ދެނެވަޑައިގެން ހުންނަވައެވެ. ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައި ނުގަންނަވާ ގޮތަކަށް އެމްޑީޕީގައި ވެރިކަން އޮތުމަކަށް އެފަހަރުވެސް ރައީސް ނަޝީދު ބޭނުންފުޅެއް ނުވެއެވެ. ހުކުމެއްގައި ހުންނެވުމުން ރައީސް ނަޝީދަށް ކުރިމަތި ނުލެއްވި އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލެން އެމްޑީޕީ ކޮންގްރެސް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ގޮތްހުސްވެ އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭ ހިސާބުން އުކުޅަހު ކޮންގްރެހުގައި ލާޖައްސައިގެން ރިޔާސީ ޓިކެޓް އިބްރާހީމް މުހައްމަދު ސާލިހަށް އެރުވީއެވެ. ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ކޮންގްރަހުންނެވެ. ރައީސް ނަޝީދުގެ ނުރުހި ވަޑައިގެން ހުންނަވަނިކޮށެވެ.

    އޭރުއްސުރެ ރައީސް ނަޝީދުގެ އެއްބާރުލެއްވުމެއް އިބު ފައިސަލަކަށް ހަގީގަތުގައި ނުދެއްވައެވެ. އެހެނެއް ކަމަކު ޔާމީނުގެ ވެރިކަން ބަދަލުކޮއްގެން ނޫނީ ޖަލުހުކުމުން މިންޖުވާނެ އެހެން ގޮތެއް ނަޝީދަކަށް މައުމޫނަކަށް ގާސިމަކަށް ނެތެވެ. ރަށްފުށު މެދު ފަންތީގެ މީހަކަށް ރައީސްކަން ދިނުމަކީ ހަޖަމު ކުރެވޭ ކަމަކަށް ނުވިޔަސް އެހެން ގޮތެއް އޭރަކު ނަޝީދަކަށް މައުމޫނަކަށް ގާސިމަކަށް އޭރަކު ނެތެވެ.

    ކޯލިޝަނުގެ މުށުތެރޭގައި ރައީސް ސާލިހު ތާށިކޮށްލައިގެން ނެގެން އޮތް ހުރިހާ މަންފާއެއް ގާސިމާއި ނަޝީދާއި މައުމޫނު އައީ ނަގަމުންނެވެ. ނަށީދުގެ ގޮނޑިކޮއްކޮއަކަށް ރައީސް ސާލިހުވެ ވަދައި ނުގަތުމުން ސަރުކާރުގެ މަގާމުތަކުގައި ތިބި ނަޝީދުގެ އެޖެންޓުން ލައްވާ ސަރުކާރު ޕެރެލައިޒް ކުރަން ހުއްޓާނުލާ އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ނަޝީދު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ.

    ކޯލިޝަންގެ ބާރުގައި މުޅިގައުމު ގާސިމް ދަވާލާތީ ކަން ބޮޑުވެގެން އުޅުއްވި ރައީސް ނަޝީދު ގާސިމަށް ވެރިކަން ހޯދަދޭން ގައިވީދާންވެސް އެ ހުންނެވީ އެއްރޮއްޖަށް ފޫގަޅައިގެވެ. އެމްޑީޕީ ފުނޑުފުނޑު ކޮށްލުމަށް ރައީސް ނަޝީދު އިސްވެ ހުންނަވާ ނުކުރައްވާ އެއްކަމެއް ނެތެވެ. އެމްޑީޕީ ބައިބައިކޮށް އެމްޑީޕީގެ އާރާބާރު ކަނޑުވާލަން ކުރިއްޔާ ކުރިކަމެއްކުރީ އެމްޑީޕީގެ ރައީސް ނަޝީދެވެ. 

    ]]>
    Fri, 31 Mar 2023 17:53:39 +0500 ހީރަސް
    ބާރަށު ޝިފާޒަށް ފިޔަވަޅުއެޅުން ބާރަށު ސުޖާއަށް ކަމުހިގައްޖެ https://heerasnews.com/1181 https://heerasnews.com/1181 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައީސް އޮފީހުގެ މިނިސްޓަރ ޝިފާޒް މަގާމުން ވަކިކުރުމުން އެންމެ އުފާވީ އެކަކީ ބާރަށު ޝުޖާއެވެ.  ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވީއުފަލުން ބުނީ ނިމިގެން ދާއިރު ބަލިވާނީ ރައީސް ސޯލިހުކަމަށެވެ. ކާމިޔާބު ކުރާނީ ރައީސް ނަޝީދާއި ޝިފާޒުކަމަށެވެ. މަލާމާތާ ފުރައްސާރައިގެ ގޮތުން ހިތްވަރު ކުރަން ޝިފާޒުގާތުގައި ބުނަމުން މިކަން (އެމްޑީޕީގެ ވެރިކަން) ޝުޖާމެން އެބަ ނިންމަން ކަމަށް ބުނެ ރީތި މަލަމާތެއް ބާރަށު ޝިފާޒަށް ބާރަށު ޝުޖާ އެކުރީ ވަރަށް ހުތުރުކޮށެވެ.

    ޝިފާޒާއި ރައީސް ނަޝީދުގެ ކަންތައް ނިމިއްޖެކަމަށާއި ރައީސް ސޯލިހުގެކަންތައް ތިމަންމެން އެބަ ނިންމަމޭ ބާރަށު ޝުޖާ ބުނީ ރައީސް ނަޝީދާއި ޝިފާޒުދެކެ ލޯތްބަކުން ނޫނެވެ. ޝިފާޒް އެމްޑީޕީއަށް ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށް ވާހަކަ ދައްކަން ބާރަށު ޝުޖާއަކީ ކާކުހެއްޔެވެ. އެމްޑީޕީއަށް ހެޔޮ އެދިގެން ރައީސް ސޯލިހުގެ ނިންމުމަކަށް ފާޑުކިޔާން އެންމެ ފައްކާވާނީ ޕީޕީއެމްގެ ލީޑަރޝިޕްގެ މީހުންނެވެ.

    ރައީސް ސާލިހުގެ ނިންމެވުމަކާ ދެކޮޅަށް ޕީޕީއެމް ލީޑަރޝިޕްއިން ފާޑެއް ކިޔައިފިނަމަ އެ ނިންމުމަކީ ޝައްކެއް ނެތްގޮތުގައި ވަރަށް މޮޅު ފައިދާ ކުރި ނިންމުމެކެވެ. އެ ނިންމުމެއް ވާނީ އެމްޑީޕީއަށް އެންމެ ފައިދާހުރި ކާމިޔާބު ނިންމުމަކަށެވެ.

    އެމްޑީޕީއަށާއި މި ސަރުކާރަށް ފައިދާހުރި ކޮންމެ ނިންމުމަކަށް ޕީޕީއެމުން ދެކޮޅު ހަދާނެއެވެ. ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތް ކުރި އެއްވެސް މީހަކާމެދު ޕީޕީއެމް މީހަކު ހެވެއް އެދުމަކީ އަލިފަނަކީ ގަނޑުފެނަށް ވުންކަހަލަ ކަމެކެވެ. އެމްޑީޕީގެ އެއްވެސް އިސްމީހަކަށް އަމަލުކުރާ ގޮތަކުން ޕީޕީއެމްގެ ކުޑަވެސް ހަމްދަރުދީއެއް ނުއޮންނާނެއެވެ. ޕީޕީއެމްގެ ބޭނުމަކަށްވާނީ އެފަދަ ކޮންމެ މީހަކު ބާކީވެ އެކަހެރިވެ ނިކަމެތިވާށެވެ. 

    އެގޮތުން ސިއްޕެގެ ވަޒީފާ ގެއްލުމުން ޝުޖާމެން އެ ވަނީ ހާދަހާ އުފަލެކެވެ. ޝިއްޕެއަކީ ބޮޑު އަނގައެއް އޮތް ފެންވަރެއް ހުނަރެއް މަގުބޫލުކަމެއް ނެތް އަންނިގެ ތެތްފެލި އުފުލާދޭ ޕަޕެޓެއްކަން ޝުޖާއަށް ނިކަން ރަނގަޅަށް އެނގޭނެއެވެ.

    ރައީސް ސާލިހުގެ އެފިޔަވަޅަކީ އެމްޑީޕީ ބައިވެ ފުޑުފުޑު ވުމުގެ އަލާމާތެއް ނޫންކަން ޕީޕީއެމަށް ވެސް އެނގޭނެއެވެ. ރައީސް ސޯލިހުގެ ކެރުމައި ޖެހެލުން ކުޑަކަން އެކަމުން ރަމްޒުކޮށްދެއެވެ. އެއިއްޔަކީ ރައީސް ޔަމީނު ކުއްލި ނުރައްކާ ހިންގާ ސްޕްރީމްކޯޓް ފުރަޅުން ޓިނުނެގުން ފާޑުކަމެއް ނޫނެވެ.

    ބުނަން ހެއްޔެވެ. ވަރުހުރި ޑިސިސަންތައް ރައީސް އެ ނަންގަވަނީ ގޮތް ހުސްވެގެން ބާރުކެނޑިގެނެއް ނޫނެވެ. ގަނޑު ބަދަހި އެމްޑީޕީއެއް ރައީސް އަރިހުގައި އަތުގުޅައިގެން އޮވެގެންނެވެ. ޖަރާސީމުން އެމްޑީޕީ ސާފުކޮށް ފަނިފަކުސަ ބޭރުކޮށް އެމްޑީޕީ ހަށި ފޮޅާލުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. މައުމޫނު އަތްމަތިން ޕީޕީއެމް ފުރޮޅުނު ގޮތުގެ ތަޖުރިބާ ލަހުން ނަމަވެސް އެމްޑީޕީ ވެސް މިހާރު މިއޮތީ ކުރަން ޖެހިފައެވެ. އެމްޑީޕީ އޮތީ ރައީސް ސޯލިހާއެކު ގަދަކޮށެވެ. 

    ]]>
    Wed, 29 Mar 2023 20:46:09 +0500 ހީރަސް
    ކާލިގަނޑު ކޮށާ މީދާ މަރާލުން https://heerasnews.com/1173 https://heerasnews.com/1173
  • ރައީސް ގެ ސިޔާސަތަށް ތާއީދު ނުކުރާ ސިޔާސީ މަގާމުތަކުގައި ތިބި އެންމެން ވަކިކުރަންޖެހޭ
  • ރައްޔިތުންގެ އަސާސީ ކަންކަން ކަށަވަރު ކޮށްދިނުމަށް ހަވާލުވެ ހުރި މީހަކު ރައީސާ ދެކޮޅަށް ފާޅުގައި އުޅެން ފެށުމުން ވަކިކުރަންޖެހޭ 
  • އަސާސީ ހައްގު އަދާކުރުމުގެ ޒިންމާ ބޮޑު ކުންފުންޏެއްގައި ރައީސްގެ ސިޔާސަތާ ދެކޮޅު މީހަކު ހުރެ ކޮންމެ ގެއްލުމެއްވެސް ދީފާނެ 
  • އެއްވެސް ސަރުކާރެއްގެ ސިޔާސަތަށް ތާއީދު ނުކުރާ މީހަކު ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރާ އެއްވެސް މަގާމެއްގައި ހުރެގެންނުވާނެއެވެ. އެފަދަ މީހަކު ހުރިނަމަ ވަކިވެސް ކުރަން ޖެހެއެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅު މީހަކު ތަންފީޒީ މަގާމަކުން ދުރު ކުރުމަކީ ވަޒީފާގެ ބިރު ދެއްކުމެއް ނޫނެވެ. އެކަމަކީ ކާލިގަނޑު ކޮށާ މީދާ މަރާލުން ކަހަލަ ކަމެކެވެ. 

    އެސްޓީއޯ އަކީ ރާއްޖޭގެ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފަދަ ޒަރޫރީ އަސާސީ ބާވަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޒިންމާދާރު މަސައްކަތްކުރާ ދައުލަތުގެ ކުންފުންޏެވެ. ރައްޔިތުން ކާބޯތަކެއްޗާއި ބޭހާ ތެލަށް ޖެހުނަ ނުދީ ރައްކާތެރި ކަމާއެކު ފޯރުކޮށް ދިނުމަކީ އެސްޓީއޯގެ އިހުތިސާސްގެ ބައެކެވެ.

    ރައްޔިތުންނަށް ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެކެވެ. ރައްޔިތުންގެ ހައްގު އަދާކުރުމުގެ ޒިންމާ މަތިކޮށް ޒިންމާދާރު މަގާމު ތަކަށް ރައީސް އައްޔަނުކުރާ ކޮންމެ މީހަކީ ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ކުރާ ރައީސްގެ ސިޔާސަތު ތަކަށް ތާއީދުކުރާ ސިޔާސަތުތައް ދަމަހައްޓާ ނަގަހައްޓާ މީހަކަށް ވާންޖެހެއެވެ. އެ މީހަކީ ރައީސްގެ އިތުބާރު ލިބިފައިވާ މީހަކަށް ވެސް ވާންޖެހެއެވެ. 

    އެސްޓީއޯ ފަދަ އަސާސީ ހައްގު އަދާކުރުމުގެ ޒިންމާ ބޮޑު ކުންފުންޏެއްގައި ރައީސްގެ ސިޔާސަތު ފާޅުގައި ގަބޫލު ނުކުރާ މީހަކު ހުރުމަކީ ދައުލަތާއި ސަރުކާރާއި ކުންފުންޏަށް ރައްކާތެރި ކަމަކަށް ނުވާނެއެވެ. ސަރުކާރަށް ރުހުމާ ތާއީދު އިތުރު ވިޔަ ނުދިނުމަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވެން ހުންނަ ކިތަންމެ ކަމެއް ނުކޮށް އުދަގޫހާ ގޮތް ގޮތަށް އެފަދަ މީހުން ކަންކަން ތަރުތީބު ނުކުރުމަށްވުރެ ކުރުން ކައިރިއެވެ.   

    ރައިސް އިތުބާރު ކުރައްވާ ދައުލަތުގެ ޒިންމާދާރު މަގާމެއް ހަވާލުކޮށްފައި ހުންނަ މީހަކު ރައީސްގެ ސިޔާސަތުތަކާ ފާޅުގައި ދެކޮޅުހަދާ ރައީސް ނޫން އެހެން ގޮތެއް ހޯދަން ނިކުތުމުން އެމީހަކަށް ޒިންމާދާރު މަގާމެއްގައި ބަހައްޓައިގެން ނުވާނެއެވެ. ކޮންމެ ފަދަ ދަނޑިވަޅެއްގައި ކޮންމެ ފަދަ ކަމެއްވެސް އެ މީހެއްގެ މަގާމު ބޭނުންކޮށްގެން ކޮށްފާނެއެވެ. 

    އަމްދުން ރައްޔިތުންގެ އަސާސީ ކަންކަން ކަށަވަރު ކޮށްދިނުމަށް ހަވާލުވެހުރި މީހާ ރައީސާ ދެކޮޅަށް ތެދުވެ ފާޅުގައި އުޅެން ފެށުމުން އެ މީހެއްގެ ފުށުން ވެދާނެ ރަނގަޅެއް އޮވެދާނެ ކަމަށް ސަލާމަތް ބުއްދި ގަބޫލެއް ނުކުރާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާގާބިލުކަން ދައްކާ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފެއްދުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައި އަމްރު ހުރެ ކާޑާއި ބޭހާއި ތެލާ ނުކުޅޭނެ ކަމަށް ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ. 

    ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާ ހަވާލުވެހުރެ ސަރުކާރާ ދެކޮޅުވެރި ވުމަށްވުރެ އަމްރަށް ވެސް ފަސޭހަ ވާނީ މަގާމުން ވަކިވެގެން ހުރެ ސަރުކާރާ ދެކޮޅުވުމެވެ. 

    ]]>
    Sun, 26 Mar 2023 16:35:52 +0500 ހީރަސް
    ނަވާޒަށް: ޖޭޕީގެ ޑެޕިއުޓީ ލީޑަރކަން ލިބުނަސް ދުނިޔެ ރަންނުވޭ https://heerasnews.com/1171 https://heerasnews.com/1171 ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަނީ ރައީސް ސާލިހެއް ނޫނެވެ. 2023 ގެ ވެރިކަމުގެ ހުވަފެން ދެކޭ ޖުމްހޫރީ ޕާޓީ ލީޑަރޝިޕުންނެވެ. ޖޭޕީގެ ޑެޕިއުޓީ ލީޑަރކަން ލިބުމުން ދުނިޔެ ރަންވެގެން އުޅޭ އަބްދުﷲ ނަވާޒުމެން ކަހަލަ އަނދޮޅުންނެވެ. ސިޔާސީ ޕާޓީއެއްގެ ޑެޕިއުޓީ ލީޑަރުކަމާ ހަމަޔަށް އާދެވޭ އިރު ޕާޓީ ނިޒާމު މަސައްކަތް ކުރާގޮތް ވެސް އެ ފަކީރަށް ނޭނގެއެވެ.

    ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ ރައީސެވެ. އެމްޑީޕީގެ އެއްވެސް ގުނަނަކުން އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ނިންމާފައެއް ނުވެއެވެ. އެހެން އެކަން އޮއްވާ ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެމްޑީޕީ ނޫން އެހެން ބަޔަކާ އެކު ރިޔާސީ އިންތިހާބުގައި މަސައްކަތެއް ނުކުރެއްވޭނެ ކަމެއް މި ބައިގަނޑަށް ނޭނގެއެވެ. 

    ރައީސް ނަޝީދަށް އެމްޑީޕީ ނޫން ބަޔަކާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެ އޮތީ ދެ ހާލަތެކެވެ. އެއް ގޮތަކީ އެހެން ޕާޓީއަކާއެކު ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން އެކަން ނަޝީދު ކުރެއްވުމެވެ. އަނެއް ގޮތަކީ ރައީސް ނަޝީދު އަމިއްލަފުޅު ހައިސިއްޔަތުން އެހެން ޕާޓީއަކާއެކު މަސައްކަތް ކުރެއްވުމެވެ. އަމިއްލަފުޅު ހައިސިއްޔަތުން އެހެން ޕާޓީއަކަށް ސިޔާސީ މަސައްކަތް ކޮށްދެއްވޭނީ އެމްޑީޕީގެ ރައީސްކަމާއި މެންބަރު ކަމުން ވަކިވެ ވަޑައިގަތުމަށް ފަހުގައެވެ.

    އިންތިހާބާ ބެހޭ ގޮތުން ނަޝީދު އާއި ދައްކާނެ ވާހަކައެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެހެން ވެގެންނެވެ. ވިދާޅުވާން ޖެހޭތީއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ހުއްޓާ އެމްޑީޕީގެ ރައީސް އެހެން ސިޔާސީ ޕާޓީއަކަށް ވެރިކަން ހޯދާ ދެއްވަން ނިކުމެ ވަޑައިގަތުމަކީ ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލު ކުރާނެ ކަމެއް ނޫނެވެ. 

    ރައީސް ނަޝީދު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެކު ކަމަށާއި ދެނެއް ރައީސް ނަޝީދު ނުގުޑާނެ ކަމަށް ޖޭޕީގެ ދިއުޅި ހަމަނޫން ޑެޕިއުޓީ ލީޑަރު އަބްދުﷲ ނަވާޒަށް ހީވެދާނެއެވެ. ރައީސް ނަޝީދު ރައީސް ސޯލިހާއި ވާހަކަ ދައްކަން ބޭނުންފުޅު ނުވާނެހެން ނަވާޒަށް ހީވުމަކުން ހައިރާނެއް ނުވެއެވެ. ގަލޮޅު އުތުރުން މަޖިލިސް ގޮނޑި ހޯދާލެވޭ ވަރު އުރައްޕަތް ނެތް މީހަކަށް ރައީސް ނަޝީދު ކުރައްވާފައި ނުކުރައްވާނެ ކަމެއް ލަފާކޮށްލަން ވެސް ނޭނގޭނެއެވެ. 

    ފަހު ވަގުތު ރައީސް ނަޝީދު ހުންނަވާނީ ކޮންތާކު ކާކާއެކުގައި ކަން ހިތައް ވެސް ނާރާނެއެވެ. ނަވާޒުމެން ކިތަންމެ ވަރަކަށް ތިޔަ ކަހަލަ ތާކުން ތާކު ނުޖެހޭ ތެޔޮގުޅާ ސާދާއެއް ކުރިޔަސް ރައީސް ނަޝީދު ހައްދަވާނެ ގޮތެއް އަންދަޒާ ވެސް ނުކުރެވޭނެއެވެ.

    ]]>
    Sat, 25 Mar 2023 21:07:50 +0500 ހީރަސް
    ޖޭޕީގައި އަލަށް ފޮޅުނު ތާޅަފިލިމާ https://heerasnews.com/1165 https://heerasnews.com/1165 5 އަހަރު ވަންދެން ކޯލިޝަން ބޯކިބާގެ ފަޅިވަރު ތަކުން ކަރުބުޑާ ހަމައަށް ވަރު ކުރުމަށް ފަހު އަންނަ ދައުރަށް ވާދަ ކުރަން ނިންމި ޖޭޕީގައި މާމޮޅު ވާހަކަ ތަކެއް ދައްކާ މީހަކު އެބައުޅެއެވެ.

    ގައުމު އަޅުވެތިވެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލިގެން އުޅޭ އިސްތިގުބާލެކެވެ. މޭޔަރު މުއިއްޒުގެ ދެބޭންގެ ދެދަރި އިގްބާލު ކިޔާ މީހެއް ކަމަށް ވެއެވެ.  

    ކޮވިޑް 19 ގެ ބޮޑު ބަލި މަޑުކަމާ އެކު ގާސިމް ގެއްލުނުހެން، އިގްބާލު ފިލިހެން އިސްތިގުލާލް ގެއްލޭނެ ކަމަށް ހީވަންޏާ އެ މީހާ އެ ހުރީ ކޮންމެވެސް ވިޓަމިނެއް މަދުވެފައި ތޯއްޗެވެ. 

    5 އަހަރު ވަންދެން ސަރުކާރުން ކޭމޮޅު ކައިގެން ނުކުތް ޕާޓީ އަކު ވެރިކަމަށް އަންނަންޏާ ވެސް ބޮޑެތި ދޮގާ ފިތުނަ ފަސާދަ ނުހަދާ ކެމްޕޭން ކުރަންވީ ނޫންހެއްޔެވެ؟

    މާބޮޑު ވަތަނީ އަދި ދީނީ ބަހުރުވަ އިސްކޮށްގެން އޫރުމަހާ ރާ ވިއްކައިގެން ލިބޭ މުއްސަންޖަކުގެ މިޔަކަނުން ވެއްޓޭ ބަތް ފުކަށް ދަހިލަވައިގެން ހިތުން ތިޔަ ބުނާ ބަސްތަކުން ވެއްޓޭ ބަތްފުކަށްވުރެ ދަށު ދަރަޖައަށް ވެއްޓެނީ ތިމާގެ އަގެވެ.

    ދެން ތިޔަހާ ވަރު ވަންޏާ ސަރުކާރުގެ މަގާމު ތަކުގައި ދަތް އަޅައިގެން މިހާ ދުވަހު ތިޔަ ޖޭޕީ ތިޔަ އޮންނަނީ ކިއެއްވެގެން ހެއްޔެވެ؟

    ]]>
    Fri, 24 Mar 2023 14:16:02 +0500 ހީރަސް
    ރައީސް ނަޝީދަށް ފިޔަވަޅު އެޅޭހާ ހިތްވަރު ނެތީތަ! https://heerasnews.com/1163 https://heerasnews.com/1163 ކޮންމެ ބަޔަކު ވެސް މީހަކު ވެސް އުޅެންވާނީ ކޮންމެވެސް ގޮތަކަށެވެ. ކަނޑުފަޅާއި ޖަންގަލީގައި ވެސް ހަމަލަމަ އޮވެއެވެ. ވެރިކަމުގެ މަސްތުގައި ދިވެހި ބައެއް ސިޔާސީންގައި ހަމައެއް ލަމައެއް ނުހުރެއެވެ. 

    ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައިގެން އުޅެނީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއްގެ ދަށުންނެވެ. ސިޔާސީ ޕާޓީތައް ހަދާ ހިންގަން ޖެހޭ ގޮތުގެ ގާނޫނެއް ވެސް އޮވެއެވެ. އެ ގާނޫނު ބުނާ ގޮތެއްގެ މައްޗަށް އެކުލަވާލާފައި އޮންނަ އަސާސީ ގަވައިދެއް ކޮންމެ ޕާޓީއެއްގައި އޮވެއެވެ. ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޕާޓީގެ ކަންކަން ހިންގުމަށް ގުނަވަންތަކާއި ގަވައިދުތަކާއި އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި އޮވެއެވެ. 

    ބަޔަކު ނުވަތަ މީހަކު ބޭނުން ވުމުން އުސޫލުތަކާއި ގައިވައިދުތަކާއި ހަމަތައް މުގުރާލާ ޕާޓީގެ ނަމުގައި ކަންކަމެއް ނުކުރެވޭނެއެވެ. ކޮށްގެން ނުވާނެއެވެ. ކުރިޔަ ދީގެން ވެސް ނުވާނެއެވެ. އަސާސީ ގަވައިދުގެ އެއް ބަޔަށް ތަބާވެ އަނެއްބައި ދޫކޮށްލާ ހިތުހުރި ގޮތަކަށް ކަންތައް ކުރަން އެކަކަށްވެސް ފުރުސަތު ދީގެން ނުވާނެއވެ. 

    އެމްޑީޕީގެ ރައީސަކީ ގ. ކެނެރީގެ މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރައީސް ކަމުގައި މުހައްމަދު ނަޝީދު ހުރިހާ ހިނދަކު އެމްޑީޕީގެ އަސާސީ ގަވައިދު ނަގަހައްޓާ ދެމެހެއްޓުމަކީ އޭނާގެ މަސްއޫލިއްޔަތެކެވެ. ވާޖިބެކެވެ. ކިތަންމެ ނުރުހުނަސް ގުނަވަންތަކުގެ ނިންމުންތަކަށް އިހުތިރާމްކޮށް އެ ނިންމުންތައް ތަންފީޒު ކުރުމަށް އިސްވެ ހުންނަން ޖެހެނީ ނަޝީދެވެ. ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށް ގަބޫލުކުރަންޏާ ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ އެހެނިހެން ނިންމުންތައް ވެސް ނަޝީދު ގަބޫލު ކުރަންޖެހެއެވެ.

    އެމްޑީޕީ ގެ ނިންމުންތައް ބޮލާލާ ޖަހާ ހިތުހުރި ގޮތަކަށް ރައީސް ނަޝީދު އުޅެން ވާނީ އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދީފައެވެ. ޕާޓީގެ ރައީސްގެ ގޮތުގައި ހުރިހާ ދުވަހަކު މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރަންޖެހެއެވެ. 

    ތެދެކެވެ. އެމްޑީޕީގައި ގޮފި އުފެއްދުމުގެ ގަވައިދާ އެއްގޮތަށް ގޮފި އުފެއްދޭނެއެވެ. މެޖޯރިޓީ ފިކުރު ފިކުރުގެ ދިރުމާ އެއްގޮތް ނުވުމަކީ ޕާޓީގެ އުސޫލުތައް މުގުރާލާ ރައީސް މީހާ ވާދަވެރިންގެ ބަޑުދަށަށް ވެއްޓި ގަންނަން ޖެހޭ ކަމެއްނޫނެވެ. ނަޝީދާއި ނަޝީދުގެ ބައިވެރިން އެމްޑީޕީގައި ތިބެ އެމްޑީޕީއާ އިދިކޮޅު ހަރާކަތް ވާދަވެރިންނާ ގުޅިގެން ހިންގާ ހިންގުމަކީ ގާނޫނީ ކުށެކެވެ.

    ނަޝީދު ޕާޓީގެ ރައީސް ކަމުގައި ހުރެގެން ޕާޓީއާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާއިރު އެމްޑީޕީ އޮތީ ވާގި ނެތިފައި ހެއްޔެވެ. 2023 އެމްޑީޕީއަށް ވެރިކަން ހޯދާދޭން ރިޔާސީކެންޑިޑޭޓަށް އިހުލާސްތެރި މަސައްކަތް ކޮށްދޭ މީހުން މާޔޫސްވެ އިދިކީލި ވަންދެން އެމްޑީޕީ ހަނު އޮންނަނީ ކީއްވެ ހެއްޔެވެ. އެމްޑީޕީއަށް 2023 ލިބުނަސް ނުލިބުނަސް އަސާސީ ގަވައިދާއި ގުނަން ތަކުގެ ބާރު ކަނޑުވާލާ ތަން ބަލަން ފިޔަވަޅު ނާޅާ އޮންނަ އޮތުމުގައި އެއްވެސް ރަނގަޅެއް ނެތެވެ. ނަޝީދާ ދެކޮޅަށް އެމްޑީޕީން ފިޔަވަޅު އަޅައިގެން ލިބޭ ގެއްލުމަށް ވުރެ ނާޅައިގެން ލިބޭ ގެއްލުން ޒަމާން ތަކަށް ދާންދެން އެމްޑީޕީއަށާއީ މެންބަރުންނަށް މާ ބޮޑުވާނެއެވެ.

    ]]>
    Thu, 23 Mar 2023 17:51:13 +0500 ހީރަސް
    ވާދަވެރިޔާގެ ޖާސޫސީ އިދާރާ ކެބިނެޓްގައި ހިންގުން https://heerasnews.com/1159 https://heerasnews.com/1159 އެބަ ރަގަޅުވެއެވެ. އެއް ވަގުތެއްގައި ދެއައިނުގައި އެއް ކުރަނތްގަށް ނޭޅޭނެކަން ބަޔަކަށް ވިސްނެއް ފަށައިފިއެވެ. ވާދަވެރި ދެމީހަކަށް އެކުއެކީގައި ވަފާތެރި ނުވެވޭނެކަން ހަމަ ބުއްދިވާ ކޮންމެ މީހަކު ގަބޫލު ކުރާނެއެވެ.

    ޖޭޕީގެ ސްލޮޓަކުން ސިޔާސީ މަގާމު ލިބިގެން ރައީސް ސާލިހު ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށް ދޭން ތިބި މީހުން ރޮނގު ދަމާލަން ޖެހޭ ވަގުތު މިއޮތީ އައިސްފައެވެ. ރައީސް ސޯލިހާއެކު ސަރުކާރު ހިންގަން ބައިވެރި ވެގެން ތިބެ ރައީސް ސާލިހާ ވާދަކުރަން ޖޭޕީ ނިކުންނަށް ކަނޑައަޅާ އެމަގަށް ޖޭޕީން މަސައްކަތް ފެށީ ކޯލިޝަން އެއްބަސް ވުމުގެ މުއްދަތުގެ ތެރޭގައެވެ. 

    ޖުމްހޫރީ ޕާޓީން ރައީސްއާއި ވާދަކުރަން ކަނޑައަޅާ ހިސާބުން ޖުމްހޫރީ ޕާޓީގެ އަމާޒާ މަގްސަދާއި އަމަލު ތަފާތު ވެގެން ދާނެއެވެ. ރައީސް ސާލިހު ސަރުކާރުގެ ނާގާބިލުކަން ދެއްކުމަށް ގިނަގުނަ ކަންކަން ކުރަން ފަށާނެއެވެ. ސަރުކާރުގައި ތިބެ އުނިކަންތައް އުފައްދައިގެން ރައްޔިތުންގެ ހިތުގައި ޝައްކާ ވަހުމް އުފައްދަން އުޅޭނެއެވެ. ސަރުކާރު ހިންގުމުގައި ތިބެ އަމިއްލައަށް ހެދި ގޯސްތަކުގެ ވާހަކަ ގައިން ނައްޓާލާ ދައްކަން ފަށާނެއެވެ. ކުރިން ނުދައްކާ ތިބި ކިތަންމެ ވާހަކައެއް ފިތުނަވެރި ގޮތެއްގައި ދައްކާނެއެވެ.

    ކޮވިޑް19ގެ ވެންޓިލޭޓަރ ގަތުމުގެ ބިޑް އެވިއުލޭޓްކުރީ ޖޭޕީން ސަރުކާރަށް ފޮނުވި ސިޔާސީ ކުދިން ކޮޅެކެވެ. އެކަމުގައި އެ ކުދިން ކޮޅު އުޅުނު ހުތުރު ގޮތުގެ ވާހަކައާއި ވެންޓީލޭޓަރ ޖަރީމާ ހިންގުމުގައި އެންމެ އިސްކޮށް އުޅުނީ އޭރުގެ ހެލްތު މިނިސްޓަރއެވެ. މިދަންނަވާ ހެލްތު މިނސްޓަރަކީ ޖޭޕީ ކުޑަ އަމީނުއެވެ. އޭނާއަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނެވެ. އޭނާ ނިކުމެ ސަރުކާރު ބަދުނާމުކޮށް ވެންޓީލޭޓަރ ޖަރީމާގެ ވާހަކަ ދައްކަން ނުފަށާނެއެކޭ ހިޔެއް ނުވެއެވެ. ޖޭޕީން ފޮނުވައިގެން ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރި ވަޒީރާއި މިހާރުގެ ޓްރަންސްޕޯޓް މިނިސްޓަރު ކަމުގައިހުރި ޖޭޕީގެ ނައިބު ލީޑަރގެ އައްޗިވާހަކަ ތަކެއްވެސް ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން ޖޭޕީން ނުދައްކާނެ ކަމެއް ނޭގެއެވެ. ޖޭޕީން ޓޫރިޒަމަށް ފޮނުވި ވަޒީރު މުއައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި ވާހަކަވެސް ސަރުކާރު ބަދުނާމު ކުރުމަށް ނުދައްކާނެ އެކޭ ހިޔެއް ނުވެއެވެ. 

    ޖޭޕީ ލީޑަރަށް ލިބުނު އަދުލުވެރި ބަދަލުތަކުގެ ވާހަކަވެސް ވާތުސިކުނޑީގެ ނަޒަރިއްޔާ އަކުން ސަރުކާރު ބަދުނާމުކުރަން ޖޭޕީން ނުދައްކާ ތިބޭނެ ހެނެއް ހިޔެއް ނުވެއެވެ. ކޮންމެހެނެއް ވިޔަސް މިއަދު މިއޮތީ ރޮނގު ދަމާލަން ޖެހިފައިކަން ސިޔާސީ މަގާމު ތަކުގައި ތިބި ޖޭޕީ މީހުނަށް އެނގެން އެބަ ޖެހެއެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަށް މަސައްކަތް ކޮށްދޭނީތޯ ނުވަތަ ރައީސް ސާލީހުގެ އަރިހުގައި ދައުރު ނިމެންދެން ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނާނީތޯ ނިންމަން އެބަ ޖެހެއެވެ. 

    އަހުމަދު ސަމީރާއި ހަނަފީ އެދެއްކެވީ ރީތި މިސާލެވެ. ރައީސް ސާލިހާ ވާދަވެރި ލީޑަރެއްގެ ޑެޕިއުޓީ ލީޑަރުކަމާއި ސްޕެޝަލް އެޑްވައިޒަރުކަން ކުރަމުން ސަރުކާރުގެ ކެނބިނެޓްގައި ތިބުމަކީ ބަލައިގަނެވޭ ކަންކަމެއް ނޫނެވެ. ތިމާއަށް ހުރިހާ މޮޅެއް ހޯދައިގެން ވާދަވެރިޔާގެ ޖާސޫސީ އިދާރާ ވަޒީރުންގެ މަޖިލީހަކު ނުހިންގޭނެއެވެ.    

    ]]>
    Tue, 21 Mar 2023 18:59:33 +0500 ހީރަސް
    ކޯލިޝަން ބޯކިބަލާއި ރައީސުލްޖުމްހޫރިއްޔާ https://heerasnews.com/1153 https://heerasnews.com/1153 ބޯކިބާ އަޅަން އުޅޭއިރު ލިބުނު ތާކުން ލިބުނު އެއްޗެއް ލިބުނު ވަރަކަށް ހޯދަން ތިބެނީ ފޫގަޅާލާފައެވެ. އެކަނިމާ އެކަންޏަށް ބޯކިބަލެއް އަޅާލެވޭ ވަރުމީހުން ކަހާތަން ހިރުވާވެސް ނުލާ ބޯކިބާ އަޅައިގެން ބޭނުން ވަރަކަށް ކައި ބޭނުން މީހަކަށް ދީ ހުސްކޮށްލައެވެ. އެކަނި ހާލަށް ބޯކިބަލެއް ނޭޅޭ މީހުން އެ މީހަކަށް ލިބުނު އެއްޗެއް ހިފައިގެން ބޯކިބާ އެޅެން އޮތް ތަނަކަށް ގޮސް ބޯކިބާ އަޅައެވެ. ފުށާ ހަވާދާ މަހާ ލުބޮޔާ އުދުނު ޖަހާނެ ދަރާއި މަތި އަންދާނެ ނާއްޓަށް ދާންދެން ލިބުނު ގޮތަކަށް ހޯދައެވެ. އަޅަންޖެހޭ ބައިގެ ގިނަ މަދުމިނަށް ބަލާ އަޅާ ބޯކިބަލުގެ ސައިޒް ކަނޑައަޅައެވެ. ބޯކިބާ އަޅާ ނިމިގެން ބައިވެރިވުމުގެ މިންވަރަށް ބޯކިބާ ފޮތިފޮތި ކޮށްލައެވެ. އެންމެންހެން ލިބުނު ފޮތިކުޑަވެ އާހިރުގައި ތިބެނީ ތުންފިއްތައި ގެނެވެ.

    ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީއޭ މިކިޔާ ނިޒާމެއް އައިފަހުން ސަރުކާރަކީ އަނގަޔަށް މީރު ބޯކިބަލަކަށް ވެއްޖެއެވެ. ރާއްޖޭގައި 2008ގެ ގާނޫނު އަސާސީ އުފަން ކުރުވި ގާނޫނު އަސާސީގައި ސިޔާސީ ޕާޓީ ހަދާ ހިންގުމަކީ އަސާސީ ހައްގެކެވެ.  އެނޫން ވާހަކައެއް ސިޔާސީ ޕާޓީއާއި ބެހެގޮތުން ގާނޫނު އަސާސީއަކު ނުވެއެވެ. ވެރިކަން ހިންގުމަށް ޕާޓީ ނިޒާމަކީ އޮތް އެއްޗެއްކަން ރާއްޖޭގެ ގާނޫނު އަސާސީ ނުދަނެއެވެ.

    ގާނޫނު އަސާސީ ބުނަނީ ރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް އޮންނަ ޔުނިޓަރީ ދައުލަތެއް ކަމަށެވެ. ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަމަށާއި ހިންގާ ބާރުގެ އެންމެ އިސް މީހަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ފަސް އަހަރު ދުވަހަށް ދެމީހަކު އިންތިހާބު ކުރަން ޖެހޭނެ ވާހަކަ ގާނޫނު އަސާސީ ބުނެއެވެ. ރިޔާސީ ޖޯޑަކަށް ވެރިކަން ލިބޭނީ ރިޔާސީ އިންތިހާބުގައި ވޯޓުދޭ މީހުންގެ ފަންސާސް އިންސައްތައަށް ވުރެ މަތިން ވޯޓު ހޯދައިގެން ކަމަށް ގާނޫނު އަސާސީ ބުނެއެވެ. 

    ރައީސް ސާލިހުގެ ފުރަތަމަ ކެބިނެޓް

    ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އާއްމު ރައްޔިތުންގެ ވޯޓު ބޭނުންވެއެވެ. ސިޔާސީ ޕާޓީ ހަދައިގެން ބައިބޮޑުކޮށްގެން އުޅެންޖެހެނީ އެހެން ވެގެންނެވެ. ސިޔާސީ ޕާޓީއަކަސް މާލޫދު ޕާޓީއަކަސް ބަނޑިޔާ ޕާޓީއަކަސް ހެވެވެ. ބޭނުންވަނީ އިންތިހާބުގައި ވޯޓު ހޯދުމެވެ. ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ތަރުތީބުވެގެން ހިންގާ ސިޔާސީ ޕާޓީތައް އުފައްދާ ގިނަ ބަޔަކު ޕާޓީގެ ކަންކަމުގައި ޝާމީލު ކުރުވާ ޕާޓީގެތެރެއިން މީހުނަށް ކަންފަހިކޮށްދެނީ ވެސް ދެވަނަ ބޭނުމަކު ނޫނެވެ.

    އާއްމު ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް މީހަކު ގެނެވޭވަރުގެ އެންމެ ޕާޓީއެއްވެސް އަދި ރާއްޖެއަކު ނެތެވެ. ކޮންމެވެސް އެހެން ބަޔައެއްގެ އެއްބާރުލުން ނުހޯދާ މީހަކަށް ވެރިކަމެއް ހޯދާ ދެވޭވަރުގެ ޕާޓީއެއްވެސް މީހަކުވެސް ނެތެވެ. އެހެން ނޫނަސް އެވަރުގެ ޕާޓީއެއްވެސް މީހަކުވެސް ހުންނާކަށް ނުޖެހެއެވެ. ދައުލަތާއި ސަރުކަރުގެ ވެރިޔަކަށް ހޮވާ މިހަކީ ވަކި މީހެއްގެ ނުވަތަ ވަކި ޕާޓީއެއްގެ މުށުގައި ތާށިވެ ހަމަ ގެއްލިފައިވާ މީހަކަށް ވާކަށް ނުޖެހެއެވެ. ރައްޔިތުންގެ އެކި ފަންތީގެ އެކި މީހުންނާއި ޕާޓީތަކާއި ޖަމްއިއްޔަތަކާއި ކްލަބްތަކާއި ގަބީލާތަކާއި އާއިލާތަކާއެކު ވެސް ކޯލިޝަން ހެދުމަކީ ގާނޫނު މަނާ ކުރާކަމެއް ނޫނެވެ. އަދި ދެރަކަމެއްވެސް ނޫނެވެ. ބޭނުން ވަނީ ރައްޔިތުންގެ ތާއީދާއި އިތުބާރެވެ. 

    ދެރަކަމަކީ ގާނޫނު އަސާސީ ނުދަންނަ މަފުހޫމަކަށް ބާރުދީގެން ގާނޫނުގެ ބާރު ކަނޑުވާލެވޭ ހިސާބަށް ކަންކަން ދިއުމެވެ. ޕާލަމެންޓަރީ ނިޒާމުގެ ސިފަތައް ރިޔާސީ ނިޒާމުގެ ތެރެއަށް ވައްދައިގެން ރައީސްގެ ގާނޫނީ އިހުތިސާސްތަކުގެ މައްޗަށް ޕާޓިތަކުގެ ނަމުގައި މީސްމީހުން އަތްގަދަ ކުރާން އުޅޭ އުޅުމެވެ. އެ ޖާގަ ތައްމިނަށް ހުޅުވިފައި އޮތުމެވެ. ސަރުކާރުން ލިބުނު ފޮތި ކުޑަވެ ތުން އަބުރާ އެނބުރުމެވެ.   

    ]]>
    Mon, 20 Mar 2023 17:53:28 +0500 ހީރަސް
    ކޯލިޝަނުން ގާސިމަށް ނުލިބުނީ ވެރިކަން https://heerasnews.com/1144 https://heerasnews.com/1144 ވެރިކަން ހިންގާ ކޯލިޝަނުން ލިބުނު ބައިވަރު މަދުވެގެން މޫނު ކުނި ކުރަނީ ގާސިމަށް ކޮން އެއްޗެއް ނުލިބިގެން ހެއްޔެވެ. ކޯލިޝަނުގައި އެޅިބައި ކުޑަވެ މުޅި ސަރުކަރުކާރު އެއްކޮށް ހަޖަމުކޮށްލަން ފުންމައިގަތުމަކުން ހައިރާނެއް ނުވެއެވެ. ޖުމްހޫރީ ވިލާ ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ދަނޑު ބިމަކީ ސަރުކާރުކަން އޮޅިގެން އެކަކުވެސް އެބައުޅޭހެއްޔެވެ. 

    ކިރިޔާވެސް ހަމައެއް ލަމައެއް ގަބޫލުކޮށް ރައްޔިތަކަށް ހެވެއް އެދޭނަމަ ލިބުނު ބައިކުޑަވެ އަނގަ ހުޅުވަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ. އިބޫ ސަރުކާރުގައި ގާސިމްގެ މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއް އޮތީ ގާސިމުގެ އުނގުތެރޭގައެވެ. ވަޔާ ކަނޑާ އެއްގަމުގެ ދަތުރު ފަތުރާ ގުޅޭ ހުރިހާ ކަމެއް އޮތީ ނިދާ ތަންމަތީގައެވެ. ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުފަޅުގެ މުއްސަދިކަމުގެ ހުރިހާ ކަމެއްހެން އޮތީ ގާސިމުގެ މުށުގައެވެ. ހަކަތައާއި އައިޓީއާއި މުއާސަލާތާއި ސިއްހަތަށް ދާންދެން އެތައް ދުވަހެއް ވަންދެން ހަދާނެ އެއްޗެއް ހަދަން އޮތީ ގާސިމުގެ ފައިކޭޓުގައެވެ. އެކަމަކު ވެސް އެއްޗެއް ލިބުނު ކަމަކަށް ނުވެއެވެ. ކޯލިޝަނުން ގާސިމަށް ނުލިބުނިއްޔާ ނުލިބުނީ ވެރިކަމެވެ.

    ރައީސް ސޯލިހު ސަރުކާރު ހިންގުމުގައި ޖުމްހޫރުން ބައިވެރި ކުރިކަމަށް ވަނީ ކިހާވަރެއް ކުރީމަހެއްޔެވެ. އަލީ ވަހީދާއި ކުޑަ އަމީނުމެން ސަރުކާރު ބަދުނާމު ވާވަރުގެ ބޮޑެތި ޖަރީމާ ހިންގީ ކޮންތާކުން ކެބިނެޓަށް ފޮނުވާފައި ތިބެގެން ހެއްޔެވެ. ޓްރަންސްޕޯޓާއި ޓޫރިޒަމާއި ފިޝަރީޒް ގައި މިއަދުވެސް ތިބީ ކާކު ފޮނުވި ބައެއް ހެއްޔެވެ. އެމްޓީސީސީއާއި އެމްޑަބްލިޔުއެސްސީ ފަދަ ކުންފުނިތަކުގައި އެމްޑީންނަށް އެތިބީ ކޮންތާކުން އައި ބައެއް ހެއްޔެވެ. ހަނަފީއާއި އަލީ ސާލިހާ އިކްރާމާ ވަލީދާޔާ އެހެން ގޮސް ނަން ހުސްކޮށް ސިޔާސީ އިސްސަފުގައި ޖުމްހޫރީގެ ކިތައް މީހުން ތިބިކަން ގާސިމު ހަދާނެއް ނެތެވެ. 

    ޖުމްހޫރުންނަށް ސަރުކާރުގެ ބާރުހުރި މަގާމުތައް ދީގެން އެންމެ ބޮޑަށް ބަނޑު ކެއްކީ ނަޝީދެވެ. ގާސިމުގެ މަސްލަހަތު ސަރުކާރުގައި ބޮޑުވެގެން މުޅި ދައުލަތް ހިންގަން އެންމެ ދުއްޕާންކޮށް އިދިކޮޅަށްވުރެ އިދިކޮޅުވީ ނަޝީދެވެ. އެމްޑީޕީ ސަރުކާރަށް އެމްޑީޕީގެ ރައީސް ނަޝީދު ގެއްލުނީވެސް ގާސިމާ ހެދިއެވެ. އެކަމަކު މިއަދު ގާސިމަށް ނަޝީދު ޖަވާހިރަށްވެ ތިމާމެނަށްޓަކާ ކޯލިޝަން ދަމަހައްޓައިދީ ކެތްތެރިކަމާ އޯގާތެރި ކަމާއެކު ހިތްވަރުކޮށް ދިފާއުކޮށްދިން އިބޫއަށް ދޭން ގާސިމަށް ލިބުނީ ތެޔޮ ހަމެކެވެ. ލަދެއް ހަޔާތެއް ހުރި މީހަކަށް ގާސިމް ނުވިއެވެ. 

    ވަކި ނުވެވޭ ވަރަށް އެކުނުވެ، އެކުނުވެވޭ ވަރަށް ވަކިނުވެ ކަލާސީންނަށް ނައު ބާނުވާ ފަލްސަފާގައި އަބަދަކު ނުހުރެވޭނެއެވެ. ލުނބޯ ހުތްކިބައަކުން ހުތްފެލާހެން މީހަކު ނުފެލިޔަސް މަތީގަނޑިން ޖެހީމާ ލަހެއް ފަހެއްނުވާނެވެ. ހަސްނެތި ބިކަވެ އަސައެއް ހިފައިގެން މިސްކިތު ދާލައިގައި އިންނާނީކީ ޖީޓީ އެކަންޏެއް ނޫނެވެ.

    ]]>
    Fri, 17 Mar 2023 17:32:45 +0500 ހީރަސް
    ވާދަވެރިޔާގެ އަނބި ވަޒީރު: މަސްލަހަތު ފުށުއަރާ https://heerasnews.com/1141 https://heerasnews.com/1141 ވެރިކަން ހިންގާ ކޯލީޝަނުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބުމަކީ ކޯލިޝަން އެއްބަސްވުން ނިމުމަކަށް އައުމެވެ. ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ވެރިކަން ހިންގާ ކޯޅިޝަނުގެ ރައީސެވެ. މި ދައުރުގައި ވެރިކަން ހިންގާ ކޯލިޝަނުން ހިންގަނީ އެ ކޯލިޝަންގެ ރައީސްގެ ސިޔާސަތެވެ. ވެރިކަން ހިންގާ ކޯލިޝަނުގެ ރައީސަކީ އިބްރާހީމް މުހައްމަދު ސާލިހެވެ. ރާއްޖޭގެ ސިޓިންގ ޕްރެސިޑެންޓްއަކީ ވެސް ރައީސް ސާލިހެވެ. ސިޓިންގ ޕްރެޒިޑެންޓް ދެވަނަ ދައުރަށް ކުރިމަތިލުމަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގައި ހިމެނޭ ކަމެކެވެ. އެހެން ކަމުން ވެރިކަން ހިންގާ ކޯލިޝަނުން ދެ މީހަކު ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރާނެއެވެ. ވާދަ ކުރާނީ ކޮންމެވެސް އެކެކެވެ.

    ކޯލިޝަން އެއްބަސްވުމުގެ މުއްދަތުގައި ކޯލިޝަނުގެ ރައީސާ ވާދަކުރުމަކީ ކޯލިޝަނުގައި ހިމެނޭ ޕާޓްނަރަކަށް ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ކޯލިޝަން މުއްދަތުގައި ސަރުކާރު ހިންގުމުގައި ބައިވެރިވެ ތިބެ ސަރުކާރުގެ އިސްވެރިޔާއާއި ވާދަ ކުރުމަކީ ތިމާ ބައިވެރިވާ ކޯލިޝަން ސަރުކާރުގެ ނާގާބިލުކަމަށް އަމިއްލައަށް އެއްބަސްވާ އެއްބަސްވުމެކެވެ. ސަރުކާރެއް ހިންގުމުގައި ބައިވެރިވެ ތިބެ ސަރުކާރު ނާގާބިލު ވެގެން ސަރުކާރު ހިންގާ އިސްވެރިޔާއާއި ވާދަ ކުރަން ނިކުތުމުން އެ ދައްކާ ދެނީ ތިމާމެންގެ ނާގަބިލުކަމެވެ. ދަހިވެތި ކަމެވެ. ހުރި އަމިއްލަ އެދުމެވެ. 

    އެއް މެޗެއްގައި ދެ ޓީމަށް ކުޅެން އެކަކުވެސް ދަނޑަށް އަރައެއް ނުހުންނާނެއެވެ. ކުޅޭނީ އެއްޓީމަކަށެވެ. އެކަމަކު އަންނަ ދައުރާ މިދައުރަކާ ކީކީހޭ ބަޔަކު ބުނެފާނެއެވެ. ގާސިމް ވެސް އެބުނަނީ އެހެންނެވެ. ވާދަކުރަނީ އަންނަ ދައުރަށް ކަމަށެވެ. މި ދައުރު ނިމެންދެން ރައީސް ސާލިހާއެކު ތިބޭނެކަމަށެވެ. އެހެން ބުނާއިރު ނޭނޣެ އެއްޗަކީ 2023 ނޮވެންބަރު 11 ގެ ފަހުން އުފެދޭ ސަރުކާރު އުފެއްދުމަށް ވޯޓުލަނީ ހިނގަމުންދާ ސަރުކާރުގެ މުއްދަތުގެ ތެރޭގައިކަމެވެ. ވާދަކޮށް ފާޑުކިޔާ ހަދަނީ ތިމާމެން ބައިވެރިވެގެން އުފައްދާ ހިންގާ ސަރުކާރަށް ކަމެވެ. އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ސަރުކާރު ހިންގުމުގައި ބައިވެރިވެގެން އޮވެ ޖުމްހޫރީ ޕާޓިން ސިޓިންގ ޕްރެސިޑެންޓާ ވާދަކުރަން ނިކުތުމަކީ އެއްބަސްވުމާ ހިލާފް ވުމެވެ. ސަރުކާރު ހިންގާ ކޯލިޝަނުގެ ރައީސާ ވާދަކުރަން ކޯލިޝަންޕާޓްނަރަކު ނިކުންނަށް ޖެހޭނީ ވެރިކަން ހިންގާ ކޯލިޝަނުން ވަކިވެފައެވެ. 

    ރައީސް ސާލިހުގެ ސްޓޭޓް މިނިސްޓަރަކަށް ހުރި މީހަކު ރައީސް ސޯލިހާ ވާދަވެރި ކެންޑިޑޭޓްގެ ޕާޓީގެ ސްޕޯކްސް ޕަރާސަނަކަށް ހުރެގެން އެހެން ގޮތެއް ޕްރަމޯޓް ކުރަން ހުރުމަކީ މުޑުދާރު ކަމެކެވެ. ހަރާން ކޯރުވުމެވެ. އަނެއް ކޮޅުން ރައީސް ސާލިހުގެ އެއް މިނިސްޓަރަކީ ވާދަވެރިޔާގެ އެޑްވައިޒަރެވެ. އަނެއް މިނިސްޓަރަކީ ވާދަވެރިޔާގެ އަނބި މީހާއެވެ. މަސްލަހަތު ފުށުއަރާނީ މިހާކަށް ވަރަށެވެ. މި ވަރުވީމާ ބޮޑުވަރެވެ. ކުރިއަށް އޮތް ކުރުމުއްދަތުގައި ވެސް ދައުލަތުން މުސާރަނަގައިގެން ސަރުކާރުގައި ނުތިބެ ނުވާހާ ހަސްނެތީތާއެވެ. ރައީސްއަށް ވަފާތެރިވާން ހުވާކޮށްގެން ތިބޭ ވަޒީރުން އެހެން މީހަކު ޕްރަމޯޓްކުރަން އުޅުމަކީ ހުވަޔާ ހިލާފްވުމެވެ. ހިޔާނާތްތެރި ވުމެވެ. 

    ފުރަތަމަ ބުރުގައި ވަކިން ވާދަކޮށް ދެވަނަ ބުރުގައި ފަހަތައް އެރުމުގެ ހުވަފެން އެއްވެސް ބަޔަކު ދައްކާނެ ކަމެއް ނެތެވެ. އެއްބުރުން ނުނިމި ދެވަނަ ބުރަށް ދިޔަސް ކުރި ހޯދަނީ ކާކުކަމެއް އެގެނީ ކާކަށް ހެއްޔެވެ. ފުރަތަމައިނުން ވެސް އެކުގައި ގުޅިގެން މަސައްކަތް ކުރަންނެތް ބަޔަކު ފަހުން އަންނާނެ ކަމަށް ގަބޫލު ކުރުމަށް ވުރެ މޮޔަ ވިސްނުމެއް ނުއޮންނާނެއެވެ. ދެވަނަ ބުރު އަޔަސް އަންނަނީ ފުރަތަމަ ބުރަށް ފަހުގައެވެ. 

    ފަހުން ވެދާނެ މޮޅަކަށް ސަރުކާރު ތެރޭގައި ބުރަކި ޖައްސާނެ ބަޔަކު ބައިތިއްބައިގެން ކުރިއަށް ދިޔުމަކީ ވަފާތެރިންގެ ހިތްކަޅުވާ ކަމެކެވެ. ރައީސް ސާލިހު ދޫކޮށް ޖުމްހޫރީ ވާދަކުރަން ނިކުތުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން ކަމުން ސިޔާސީ މަގާމު ތަކުގައި ތިބެ ރައީސް ސާލިހާ ދެކޮޅަށް ވާދަކުރާ ޕާޓީއެއްގެ މެންބަރުންނަށް އޮތްގޮތަކީ ސަރުކާރުގައި ތިބޭނަމަ ޕާޓީ ދޫކޮށްލުމެވެ. ޕާޓީގައި ތިބޭނަމަ ސަރުކާރު ދޫކޮށްލުމެވެ. 

    ސަރުކާރުގައި ތިބެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް އުޅޭ ފިކުރެއްގެ ދިރުމަށް ވެސް އޮތްގޮތަކީ އެއެވެ. ޕާޓީން ވަކިވެ ރަނގަޅަށް އިދިކޮޅުވުމެވެ. ފަހުން ވެދާނެ މޮޅަކަށް ނޭއްގާނި ބަޔަކު ފަތީލައިގެން ކުރިއަށް ދިޔުމަށްވުރެ އެކުގައި މަސައްކަތް ކުރާންތިބި މީހުން ބަރުވެރިކުރުވައިގެން ހިންގާލިއްޔާ ބޮޑުތަނުން ރަނގަޅުވާނެއެވެ. 

    ]]>
    Thu, 16 Mar 2023 16:49:34 +0500 ހީރަސް
    ގާސިމެއް ކަމަކު ހުރިހާ މޮޅެއް އަބަދަކު ނޭޅޭނެ! https://heerasnews.com/1139 https://heerasnews.com/1139 ސަރުކާރުގެ ވަޒީފާތަކުގައި ތިބި ޖޭޕީގެ ސިޔާސީ މީހުން އިސްތިއުފާ ދޭން ޖެހުނަސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވާކަށް ނުޖެހެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވިޔަސް އެ ވިދާޅުވިއްޔަކީ ފެން ހިފޭ ޒާތުގެ ވާހަކަފުޅެއް ނޫނެވެ.

    ރައީސް ސާލިހު އެހުންނެވީ ގާނޫނު އަސާސީގައި ބުނާ ގޮތަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމުގައެވެ. ގާނޫނު އަސާސީގެ 115 ގެ ދަށުން ސަރުކާރު ހިންގުމަށް މީހުން އައްޔަނު ކުރުމާ ވަކިކުރުމާއި އިސްތިއުފާ ގަބޫލު ކުރުމަކީ ރައީސްގެ ގާނޫނީ ޒިންމާއެވެ. ސަރުކާރު ހިންގުމުގައި ރައީސް އައްޔަނުކޮށްފައި ތިބި ބަޔަކު ވަފާތެރިވެ ތަންފީޒު ކުރަން ޖެހޭނީ ރައީސްގެ ސިޔާސަތެވެ. އެ ސިޔާސަތު ގަބޫލު ނުކޮށް އެހެން ގޮތަކަށް އުޅެން ޖެހޭނީ އިސްތިއުފާ ދީފައެވެ.

    ހިނގަމުންދާ ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުތައް ފުރިހަކޮށް ނިންމުމަށްޓަކައި އިތުރު ދައުރަކަށް ރައިސް ހޮވަން ޖެހޭ ގޮތަށް ކަންކަން ތަރުތީބުކޮށްގެން ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަމުން އައީ ނޭނގިއެއްނޫނެވެ. ކޯލިޝަން ޕާޓްނަރުންގެ އެއްބަރުލުމާއި ރުހުން ލިބިގެންނެވެ. ރައީސަށް ދެވަނަ ދައުރެއް ދިނުމަށް ވިސްނުން ނެތް ނަމަ ދުރާލާ އެކަން އެންގުމެއްނެތި ހިންގަމުން އައި ސިޔާސަތާ ދެކޮޅަށް ޕާޓްނަރުން ނިކުތުމަކީ އިހުލާސްތެރި ހެޔޮ ނިޔަތް ނެތްކަމުގެ ހެއްކެކެވެ.   

    މަގާމަށް އައުމަށް ތާއީދު ހޯދުމައްޓަކާ ކޯލިޝަނެއް ހަދައިގެން އެ ކޯލިޝަން ދެމެހެއްޓުމާއި ނުދެމެހެއްޓުމަކީ ރައީސްގެ އިހުތިޔާރެވެ. ގާނޫނީ ބުރަދަނެއް އޮތްކަމެއް ނޫނެވެ. ވެރިކަމަށް އަންނަން ތާއީދު ހޯދުމަށް ހަދާ ކޯލިޝަން ރޫޅުމަކީ ރައީސް އިސްތިއުފާދޭން ޖެހޭ ކަމަކަށް ނުވަނީ ގާނޫނީ ބުރަދަން ނެތުމުންނެވެ. ކޯލިޝަން ރޫޅުމަކީ ރައީސް އިސްތިއުފަ ދޭންޖެހޭ ކަމެއް ނޫންކަން މީގެކުރިން ވެސް ރާއްޖެ ވަނީ ތަޖުރިބާކޮށްފައެވެ. 

    ކޯލީޝަނަކުން ސަރުކާރެއް އުފައްދާ ހިންގީ ފަސް އަހަރަށެވެ. އެ ފަސް އަހަރު ފެށުނީ 17 ނޮވެންބަރ 2018 ގައެވެ. ފަސް އަހަރު ނިމެނީ 2023 ނޮވެންބަރ 17 ގައެވެ. އެ މުއްދަތުގައި ކޯލިޝަން ޕާޓްނަރުން ރައީސްއާއި ވާދަ ކުރުމަކީ ބޭއަދަބީ ކަމެކެވެ. އަހުލާގީ ގޮތުން ހުތުރު ސްލޫކެއް ނެތް ކަމެކެވެ. އަނބިމީހާއާއި ބަލާ ބޮޑުކުރި ކުއްޖާއާއި އެނޫން ވެސް ޖުމްހޫރީ އެތައް ބަޔަކު ވަޒީރުންގެ ގޮތުގައާއި ސިޔާސީ މަގާމުގައިއި އޮތް ސަރުކާރުގެ ރައީސާ ވާދަކުރަން ޖުމްހޫރީ ޕާޓީ ނިކުތުމެކޭ ކާންދޭ އަތުގައި ދަތް އެޅުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. ސަރުކާރުން މުސާރަ ނަގައިގެން ސަރުކާރާ އިދިކޮޅަށް މަސައްކަތްކުރަން ސަރުކާރު ތެރޭގައި ތިބުމަކީ ކޮންކަހަލަ ގޮތްކުޑަ މުޑުދާރު ކަމެއް ހެއްޔެވެ.

    އާނއެކެވެ. ދައުލަތަކީ ވަކި މީހެއްގެ ތަރިކަ މުދަލެއް ނޫނެވެ. އެހެނެއް ކަމަކު ދައުލަތް ހިންގަން ރައްޔިތުން އޮތީ ވަކި މީހަކާ ވަކި މުއްދަތަކަށް ހަވަލުކޮށްފައެވެ. އެމުއްދަތުގައި ވެރިކަން ހިންގުމުގައި ބައިވެރިކޮށް ސަރުކާރުގައި ބައިތިއްބާނޭ ބަޔަކު އެގޭނީ އެކަމާ ހަވާލުވެ ހުރި ރައީސަށެވެ. ސަރުކާރު ހިންގުމުގައި އިހުލަސްތެރިކަމާއެކު ބައިވެރިވެ އެހީތެރިވެ ދިނުމަށް ސޮއިކޮށްގެން ތިބެ އެމުއްދަތު ހަމަނުވަނީސް ވެރިކަން ހޯދުމަށް ކޯލިޝަންގައި ހުރެ ރައީސާއި ވާދަކުރަން ނިކުތުމަކީ އެއްބަސްވުން ބާތިލުކުރުމެވެ. 

    އެއްބަސްވުމާ އެއްގޮތަށް އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ނުތިބެ ކޯލިޝަން ޕާޓްނަރުން ވާދަކުރަން ނިކުތުމަކީ އެއްބަސްވުން ރޫޅާލުމެވެ. އެ ހިސާބުން ވާދަކުރާ ޕާޓްނަރުގެ ސްލޮޓްގައި ސަރުކާރުގެ މަގާމުގައި ތިބި ސިޔާސީ މީހުންނަށް އޮތް ރީތި ގޮތަކީ ސަރުކާރުން ވަކިވުމެވެ. ނޫނީ ޕާޓިން ވަކިވުމެވެ. ގާސިމެއް ކަމަކު ހުރިހާ މޮޅެއް އަޅަން އަބަދު ނޫޅޭށެވެ. 

    ]]>
    Wed, 15 Mar 2023 17:46:16 +0500 ހީރަސް
    ފިކުރުގެ ދިރުމަކަށް ދައުލަތެއް ނުހުއްޓުވޭނެ! https://heerasnews.com/1136 https://heerasnews.com/1136 އެއްވެސް އިހުލާސްތެރި ކަމެއްނެތި ޖެއްސުންކޮށް ފުރައްސާރަ ކުރުމުގެ ގޮތުން ފިކުރުގެ ދިރުމުން މަޖިލީހަށް ގަރާރާއި ކުއްލި މައްސަލަ ވެއްދުމުގެ ބޭނުމަކީ ފިތުނަ އުފެއްދުމެވެ. ފިތުނައިގެ އަލިފާނުގައި އެމްޑީޕީ އަންދާ ހުލިކޮށްލުމެވެ. ރައީސް ނަޝީދަށް ވެރިކަންނެތިއްޔާ ސަރުކާރެއްވެސް ވެރިކަމެއްވެސް އޮވެގެން ވާކަށް ނެތެވެ. ފިކުރުގެ ދިރުމުގެ ފިކުރަކީ ނަޝީދު ނޫން އެހެން މީހަކަށް ތާއީދުކުރުމާއި ވޯޓު ދިނުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ފިކުރުގެ ދިރުމަށް ރިޔާސީ ނިޒާމެއް ކަމަކު ނުދެއެވެ. ރިޔާސީ ޓިކެޓް ކަމުދެއެވެ. 

    ފިކުރުގެ ދިރުމަށް ނިސްބަތްވާ މެމްބަރުން މަޖިލިހަށް ހުށަހެޅި ގަރާރުތަކެއް މަޖިލީހަކަށް މިއަދަކު ބަލައެއް ނުގަތެވެ. ސައްޕު ޖަހާ ކޮށްލީ ބޭރެވެ. މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އަބްދުﷲ ވޯޓަށް އެހި ގަރާރުތައް ފާސްނުވެ ދިޔައީ ބޯމަތިން ލާފައެވެ.

    އައްޑޫ އެއަރޕޯޓް ޕްރައިވަޓައިޒް ކުރުމުގެ ނަމުގައި ފިކުރުގެ ދިރުމުން ގަރާރެއް ހުށަހެޅީ ސަރުކާރުން ހިންގާ އައްޑޫ ތަރައްގީ ކުރުމުގެ ޕްލޭން ފާލުން ނައްޓުވަލާ އައްޑޫގެ ތަރއްގީއަށް ކަމެއް ކުރިޔަ ނުދިނުމަށެވެ. ސަރުކާރުން ވަށާޖެހޭގޮތަށް ރާވާ ހިންގަންފަށާފައިވާ އައްޑޫ ތަރއްގީކުރުމުގެ ބިޔަ މަޝްރޫއު ހުއްޓުވުމަކީ އެ ގަރާރުގެ މަގްސަދެވެ. ފިތުނަވެރި ކަމުން ފުރިގެންތިބެ ދިރުވާން އުޅޭ ފިކުރެއްގެ މަޅީގައި އެމްޑީޕީއާއި އައްޑޫގެ ގިނަ ރައްޔިތުން ތިބީ ޖެހޭ ގޮތަކަށް ނޫނެވެ. ދިވެހި ގިނަ ރައްޔިތުންނަށް ފިކުރެއްގެ ދިރުމަކީ ކޮން އެއްޗެއްކަން އޮޅެގެނެއް ނޫޅެއެވެ. 

    ދިވެހި ދައުލަތުން ދަރަނި ނެގުމާއި ދެއްކުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔަ އަކު އައްޔަނުކޮށްފައި އެ ބަހުއްޓެވެ. ދައުލަތް ހިންގުމުގެ ހުރިހާ ބާރުތަކެއް ރައްޔިތުން ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ޖަވަބުދާރީ ކުރުވުމަށް މަޖިލީހަށް ލިބިދީފައި އޮންނަ ބާރަކީ ދައުލަތް ހިންގިޔަނުދީ ހުއްޓުވުމަށް ދީފައި އޮންނަ ބާރެއް ނޫނެވެ. ދައުލަތް ހިންގުމުގައި މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަންކަމާއި ދައުލަތުގެ ހިންގުމުގެ ތެރެއަށް މަޖިލީހުން ވަދެވޭނެ މިންވަރު ގާނޫނު އަސާސީގައި ބަޔާންވެފައި އޮވެއެވެ.

    ރައްޔިތުންގެ މަޖިލީހަކީ ދުވަހުން ދުވަހަށް ދައުލަތް ހިންގުމުގެ ތެރެއަށް ވަދެ ހިންގާބާރު ފައިދަތި އަޅުވަން ތިބޭ ބައެއް ނޫނެވެ. ދަރަނި ނެގުމާ ދަރަނި އަދާކުރުމަކީ އިންތިޒާމެއްގެ ތެރެއިން ތަރުތީބު ވެގެން ކުރެވޭ ކަމެކެވެ. އަމަލީ މަސައްކަތާއި މާދުރުގައި ތިބެ އެހެން ހަދާ، މިހެން ހަދާށޭ ބުނެގެން ޖަޒްބާތުގައި ފާސްކުރާ ގަރާރަކުން ހައްލު ކުރެވޭނެ ކަންކަމެއް ނޫނެވެ.

    ކިތަންމެ ބާރަށް ފިކުރެއް ދިރެ ކޯދުލާ ބަންޑުން ވިޔަސް ރޮނގު ހުރަސް ކުރަން ނުހަދާށެވެ. މަޖިލީހުގެ ދައުރާ މަޖިލީހަކީ ކީއްކުރާ ތަނެއްކަން ދަންނަ ހެޔޮވިސްނޭ މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިއެވެ. ވަކި މީހަކަށް ވެރިކަން ހޯދާދިނުމުގެ މަސްތުގައި ދައުލަތް ހުއްޓުވާން ބަޔަކު އުޅުނަސް ހެޔޮ ވިސްނޭ މެންބަރުން އެފުރުސަތެއް ފިކުރެއްގެ ދިރުމަކަށް ނުދޭނެއެވެ.   

    ]]>
    Tue, 14 Mar 2023 17:58:13 +0500 ހީރަސް
    ހިލޭއެހީއާއި ނުލައި ދައުލަތް ހިންގަން އިބޫ ވަރެއްނެތް https://heerasnews.com/1127 https://heerasnews.com/1127 މިދިޔަ އަހަރުން ފެށިގެން ފާހަގަވާ ކަމެއް އެބައޮތެވެ. އެއީ ދައުލަތުގެ ބަޖެޓްގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮންނަ ވަރަށް ހިލޭ އެހީ ނުލިބޭ ކަމަށް ބުނެ،  އިދިކޮޅަށް ވަފާތެރި ފަރާތްތަކުން ކުރާ އުފަލެވެ. 

    ހަފްތާއެއް، މަހެއް ފާއިތުވާ އިރަށް ދަނޑިމަހަކަށް ހަދައިގެން އެ ވާހަކަ ދައްކަން ފަށައެވެ. ހިލޭ އެހީގެ ގޮތުގައި އެވެނި މިވެނި ވަރު ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓްގައި ލަފާ ކޮށްފައި އޮވެމެ، މުކޮސް ނުލިބުނޭ ކިޔާ ފާޅުކުރާ އުފަލެވެ.

    މި އަހަރު ވެސް އެ ލަވަ ފަށައިފިއެވެ. އަހަރުގެ ފުރަތަމަ ދުވަސް ނިމުނު އިރު ލަފާކުރި ވަރަށް ހިލޭ އެހީ ނުލިބިގެން އެ މީހުން ވަނީ އަމަށަކު އުފަލެއް ނޫނެވެ. ގައުމު ބަނޑަށް ޖެހުމާއި، ރިޒާވް ހުސްވެ ރައްޔިތުން ހައިހޫނު ކަމުގައި އުޅޭތަން ބަލާހިތުން އަބަދާ އަބަދު ތިބެނީ ސިމި ސިމި ލައްވަން ކުޅު ދިޔާކޮށްގެން ފޫޓަކަށް ދޫނެރެގެން ދެ ކަންފަތްގަނޑު ވައްޓާލައިގެންނެވެ.

    އޯކޭއެވެ! ހިލޭ އެހީއެއް ނުލިބެއެވެ. އެ ނުލިބި ދައުލަތުގެ މާލިއްޔާ މެނޭޖްކޮށް ކަންކަން ކުރަނީ ރައީސް ސާލިހު ވަރަށް މޮޅު ވީމައެވެ.

    ކޮވިޑަށް ދުނިޔެ ހުއްޓުނު އިރު ރާއްޖެ ދުއްވައިގަތީ އިހުނަށް ވުރެ ބާރަށެވެ. ރެސޯރޓްތައް އޯވަރ ބުކްވެގެން އޮޔާދާ ގެސްޓުން ހޮވަން ކޯސްޓްގާޑް ނުކުންނަން  ނުޖެހޭތީ ނަސީބެކެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ފަޅު ރަށެއް ނުބަލާ ހުރިހާ ރަށެއްގައި ހިންގާ އެންމެ މަޝްރޫޢަކަށް ހުއްޓުމެއް ނައެވެ. ރިޒާވް ހުހެއް ނުވިއެވެ. ރައްޔިތުން ބަނޑަކަށް ނުޖެހެއެވެ. ﷲގެ ރަހުމަތްފުޅު ކިތަންމެހާވެސް ބޮޑީއެވެ. 

    އެއްބަހެވެ. ހިލޭ އެހީއެއް ނުލިބެއެވެ. ސީރިއާ އާއި ތުރުކީއަށް ވެސް އެންމެ ފަހުން އެހީ ދިނީ ރާއްޖޭންނެވެ. އަޅެ ރައީސް އިބޫ ސާލިހަށް ވުރެ މޮޅު، އެ އަށްވުރެ ގަދަ ލީޑަރަކު އެބަހުރި ހެއްޔެވެ؟ ނެތެވެ.

    ]]>
    Sat, 11 Mar 2023 18:37:08 +0500 ހީރަސް
    ހަންފަތުރަން ތުރާކުނުގައި ކުރި ގޮވާމުން ނިކުތް ކުރާގަނޑު https://heerasnews.com/1122 https://heerasnews.com/1122 އިންޑިއާ ރާއްޖެއަށް އަތްގަދަކޮށް އަޅުވެތި ކުރަން އުޅޭކަމަށް އެންމެ ބާރަށް ދައްކާ އެކަކީ އިންޑިއާ ނަސްލުގެ ދިވެއްސެކެވެ. އިންޑިއާ އައުޓުކުރަން މަތިހަށި ނަގާފައި މީހުނަށް ވަސްވާ ދެނީ އިންޑިއަން ދިވެއްސެކެވެ. ދިވެހި ގައުމިއްޔަތުގެ އަސަރުވެސް ނެތް ދިވެއްސެކެވެ. 

    އިންޑިއާ އައުޓްކުރަން މިއަދު ނިކުމެ އިސްވެ އެއުޅެނީ އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރަން އައިސް އުތުރު ރަށެއްގައި ވަޒަންވެރިވި އިންޑިއާ މީހެއްގެ ކާފަ ދަރިއެކެވެ. އިންޑިޔާ މީހަކަށް ކާފަކިޔާ ސޮރު ރާއްޖޭގެ ވަޒީރުކަމަށް ދަންދެން ކޮށްފިއެވެ. ހަންފެތުރޭނީ މިހާކަށް ވަރަށެވެ. ވަޒީރުކަން ގެއްލި އަސްލު ދިވެހިންނަށް ދައުލަތުގެ ބާރުތައް ލިބުމުން ހަޖަމު ނުވެގެން އެހުރީ އިންޑިއާ އައުޓުކުރަން ނިކުމެއެވެ. 

    މާވަރުގަދަ ދިވެއްސަކަށް ވެގެން މިއަދު އިންޑިއާ އައުޓްކުރަން ނިކުމެ އެހުރީކީ އަސްލު ދިވެއްސެއް ނޫނެވެ. މިއަދު އިންޑިޔާ އައުޓްކުރަން ނިކުމެ ހުއްޓަސް އިންޑިއާމީހާ ވާނީ އިންޑިއާ މީހާއަށެވެ. އިންޑިއާ ނަސްލުން އައިސް ކުރިއްސުރެ ރާއްޖެއަށް އަތްގަދަ ކޮށްގެން ހުރި އިންޑިޔާ މީހާ ބޭރުނުކޮށް ބޭރުކުރާނެ އިތުރު އިންޑިއާއެއް ރާއްޖެއަކު ނެތެވެ. 

    އާނއެކެވެ. ތުރަކުނު ސައީދަކީ މައިފުށުން ތުރާކުނު މީހަކަށް ވެދާނެއެވެ. އެހެންނަމަވެސް ސައީދަކީ ބަފާފުށުން އިންޑިޔާ އިންޑިއާ މީހަކަށް ކާފަކިޔާ އިންޑިއާ ހަފަ ދަރިއެކެވެ. ކުރިއްސުރެ އިންޑިއާ ނަސްލުން ދަރިފަސްކޮޅު ރާއްޖޭގައި ގާއިމުކޮށްގެން ރާއްޖެއަށް އަތްގަދަކޮށްގެން އުޅޭ ބައިދިވެހިން ގައުމަށް އޮންނާނީ ކޮން ކުލުނެއް ހެއްޔެވެ. ސައީދުގެ ނަސްލު އައިސްފާ އޮތް ގޮތުން އެހެން މީހުނަށް ނިކަން ފަސޭހައިން އިނގިލި ދިއްކުރާނެއެވެ. ތިމާއަކީ ދިވެހި ނަސްލު މީހެއް ނޫން ވީމައެވެ.

    ކޮންމެ ބޭނުމެއްގައި ވެސް އެހެން ބަޔަކު ރާއްޖެ އައިސް އުޅެންޏާ ސައީދުމެން ކަހަލަ މީހުނަށް އެހެން މީހުން ފެންނާނީ ހަންފަތުރަން އައިސް އުޅޭ ބައެއްގެ ގޮތުގައެވެ. ތިމާއަކީ މާކުރިން ހަންފެތުރުމަށް ތުރާކުނުގައި ކުރި ގޮވާމުން ނިކުތް ކުރާގަނޑު ވިއްޔާއެވެ. އެންމެ ފުރަތަމަ އައުޓު ކުރަންވީ ސައީދުމެން ކަހަލަ ބައި އިންޑިއަނުންނެވެ.  

    ]]>
    Fri, 10 Mar 2023 14:12:38 +0500 ހީރަސް
    ނައިފަރު ޝިޔާމަށް: ހަޔާތެއް ހޭދަކޮށް ތިޔަ ނިންމަނީ ވަގަކާއެކު https://heerasnews.com/1109 https://heerasnews.com/1109 މާތްކަލާކޯ ޝިޔާމޫއެވެ. 5 އަހަރުގެ ހަޔާތެއް ހޭދަކޮށް ތިޔަ ނިންމާލަނީ ވަގެއްގެ ހިމާޔަތުގައެވެ. ނުބައިނުލަފާ ކަމާއި ޖައްބާރު ކަމުން ފައްސާ ނަގަލާފައި ހުރި މުޖުރިމެއްގެ ހިޔަނީގައެވެ. އަނިޔާވެރި ކަމާއި އެތައް ބައެއްގެ ލެއިން ކަޅިވެފައިވާ އަތެއްގެ މުށު ތެރޭގައެވެ. ކޮރަޕްޝަނާ ފަސާދައިން ތަތްތެޅިފައިވާ ބަހީލެއްގެ ދޮލަނގުގައެވެ. ތާށިވެ ނުނެއްޓެވިފައި ތިޔަ ހުރީ ވަގުހަން ލައިގެން އޮތް ސާރިދޯޅެއްގެ ވަކިތަކުގައެވެ.

    ދިވެހި ރައްޔިތުންގެ ޝަކުވާ އަކީ ކޮބައިކަން ޝީޔާމަށް އެބަ އެނގޭ ހެއްޔެވެ. ރައްޔިތުން ޝަކުވާ ކުރަނީ ޔާމީނު ދައުލަތް ދަވާލައިގެން ފުޅިއްސާލިހާ ފައިސާ އަނބުރާ ނުދީގެންނެވެ. ރައްޔިތުން ޝަކުވާ ކުރަނީ ކޯޓުތަކުގައި ޔާމީނުގެ މައްސަލަތައް ހިނގަހިނގާ ހުއްޓާ އިދިކޮޅު ކެންޑިޑޭޓަށް ވެގަނެގެން ކުރިހާ ކުށުން ބޯދަމައިގަންނަން ސިޔާސީ ޗަރުކޭސް ކުޅޭތީއެވެ. ރައްޔިތުންގެ ޝަކުވާއަކީ ކަނު މީހާއަށް ވެސް ފެންނަ ވަރަށް ދައުލަތް ދަވާލައިގެން ހުރެ ކޯޓުތަކުގައި ހެއްދެވިހާ ބޮޑެތި ދޮގު ހަދާތީއެވެ. ރައްޔިތުންގެ ޝަކުވާއަކީ ދައުލަތުގައި ހުރިއްޔާ ހުރި ހަރު މުދަލެއް ވިއްކާލާ ކައި ފުރާލައިގެން ހުރެ ފަހުން އަންނަ ބަޔަކަށް ދައުލަތް ނުހިންގޭ ވަރަށް މުޅި ދައުލަތުގެ ވާގި ނައްތާލާފައި ވާތީއެވެ.

    ރައްޔިތުންގެ ކަންބޮޑު ވުމަކީ ގޮތްނޭގޭ މަރުތަކެއްގެ އަނދިރި ފަރާތުން ޔާމީނުގެ ހިޔަނި ފެންނާތީއެވެ. ރައްޔިތުން ހައިރާންވަނީ ރައީސްކަމުގައި އިތުބާރުކޮށް އެކުގައި މަސައްކަތްކުރި އެތައް ބަޔަކު ޗާޓުން ބޭރުކޮށްލީތީއެވެ. ދެ ނައިބު ރައީސުންނާއި ދިފާއީ ވަޒީރު އޮޅުއަޅާ ޒަމާން ދުއްވާލީތީއެވެ.

    ރައްޔިތުން ރުޅި އަރަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެޓަވަރުން ޓަވަރެއް ފެންފޮދަކާ ނުލާ ދިރުވާލީތީއެވެ. ބުރިޖުން ދެލޭނު އަމިއްލަ ފައިކޭޓައް މަހާލީތީއެވެ. ބެގް، ބޮރޯ، ސްޓީލްގައި މުޅި ހަޔާތް ވޭތުކޮށްލާތީއެވެ. 

    ރަންކޮޅާ ޝިޔާމޫއެވެ. ނަސީބު ރަނގަޅުކަމުން ތިޔަހެން އަޑުލާން ތިޔަ ތާކަން ފައިނު މާވަޑި އާދަނާއި ތިޔަ ކަހަލަ ދެތިން ކެނައިނަށް ވަދެ ވުނަކަސް ގިނަ ރައްޔިތުން ކަލޯމެންގެ މަތީން ފޫހިވީ ވަރުން ބަޅުރުކު ގިނަ ސޮހޮލުން ތިޔަ ތާކަށް ވަނަކަ ނުދިން ނުން ހެއްޔެވެ. ފޭލިވީ އަތޮޅު މީހާއެއް ނޫނެވެ. ފޭލިވީ ޔާމީނާ ބަޅުރުކު ކުދިންނެވެ. 

    ]]>
    Mon, 06 Mar 2023 20:11:38 +0500 ހީރަސް
    ޖަމީލު ފެނުމުން ރައްޔިތުން އައޫޒު ކިޔާ ދުރަށް! https://heerasnews.com/1094 https://heerasnews.com/1094 ތަޢުވީޒް ކުރުމަކީ ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މުސްލިމުން ކުރާ ކަމެކެވެ. މީސްތަކުންގެ ހިތްތަކަށް ވަސްވާސް ލައިދީގެން ނުބައިކަންކަން ކުރުވަނީ ހަމައެކަނި ޝައިތާނުންގެ ތެރޭގައިވާ ޖިންނީން އެކަންޏެއް ނޫނެވެ. ކީރިތި ޤުރްއާންގެ "އައްނާސް" ސޫރަތުގެ ފަހު އާޔަތުގައިވާ ގޮތުން ވަސްވާސް ދިނުމުގައި ޖިންނީން ފަދައިން އުޅޭ އިންސީން ވެސް އުޅޭކަން އެނގެއެވެ. އިންސީންނަކީ އިންސާނުންނެވެ. އޭގެ ތެރޭގައި ދިވެހިންވެސް ހިމެނެއެވެ. ވަކިރަށަކަށް ނިސްބަތްވީތީ އިސްތިސްނާއެއް ނުވެއެވެ. ދިވެހިންގެ ތެރޭގައި އެކިކަހަލަ ނުބައި ފިތުނަ ފަސާދަ ހަދާ ނުބައިކަންކަމަށް ވަސްވާސްދީ ދިހަބާރަ އަނގައިން ވާހަކަ ދައްކާ، އެކިއިރު އެކިގޮތައް ހަފުއްކެހެރި މުނާފިގުކަމުގައި އަވަދިނެތި އުޅޭ މީހުން އެންމެ ރަނގަޅަށް އެނގޭނީ ދިވެހިންނަށެވެ. 

    ހެޔޮ އެއްގޮތް ނެތިގެން އެކިއިރު އެކިއެތި ކިޔަމުން ރަށުތެރޭގައި އަނގަފަތުރަމުން ދުވާ އެކަކީ ޔާމީން ވެރިކަމުގައި ނައިބު ރައީސް ކަމުން ބޭރުކުރި ފަހުން  "ފޮތިކަހާލާފައިވާ" އެންމެން ދަންނަ ބޮނޑިބަތް ޖަމީލެވެ. ވެރިކަމުގެ ބޫތުހިފާ ބޮޑީ ގާޑުން ލައްވާ ބޫޓް ޕޮލިޝް ކުރުވި ޖަމީލެވެ. ސަރުކާރަކުން ކުރާ އެއްވެސް ރަނގަޅުކަމެއް ލޮލަށް ނުފެންނަ ލޯޔަރެވެ.

    މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީޞޯލިޙާ އެންމެ ފުރަތަމަ ބައިއަތު ހިފީ އަދާލަތު ޕާޓީއެވެ. ކަންކަމުގައި އަބަދުވެސް ރުޅިގަދަވެ މުރަނަވެ ދެލޯ މަދޮއްޓަކަށް ހަދައިގެން ޑިންޑިން ކޮވެއްޔެއްހެން ހުންނާތީ އެންގްރީ ބާޑްގެ ނަމުން ވެސް ބަޔަކު ނަންކިޔާ ޖަމީލުގެ ރުޅިގަނޑު އަދާލަތާ މެދު ފަޅަފަޅައިގެން ދިޔައީ އަމަށަކު ވަރަކަށް ނޫނެވެ. 

    މިސްކިތް ތަކަކީ ހުރިހާ ފިތުނައާ ހަސަދައިން އެއްކިބާވާން ޖެހޭ ދުނިޔެމަތީގައިވާ އެންމެ ހުރުމަތްތެރި ހިޔާވަހިކަން ވެސް ޖަމީލަކުގެ ހަނދާނަކު ނެތެވެ. ޢަދާލަތު ޕާޓީއަށް ނިސްބަތްވާ އިމާމުން މިސްކިތަށް އެރުމުން މުސްލިމުން ކުރަންޖެހޭ ކަމަކީ މިސްކިތުން ފޭބުންކަން ޖަމީލު އިސްތިހާރުކޮށް ވަސްވާސް ދޭން  ފަށައިފިއެވެ. އިބިލީހަށްވުރެ ޖަމީލުގެ އިބިލީސްކަން ބޮޑިތާއެވެ

    ތިމާގެ ހަސަދަވެރިކަމާ ރުޅިވެރިކަން މިސްކިތު ހަރިންމައަށް ލައިގެން މިސްކިތްތައް ފަޅުކުރުން އެއީ މޮޅުކަމެއް ކަމުގައި ވަސްވާސްދޭ މީހުންނާ މުސްލިމުން ދުރަށްދާން ޖެހެއެވެ. 

    އަޢޫޒު ބިސްމިއާ ކުރުސި ކިޔަވާ އިޚްލާޞް ފަލަޤި ނާސި 3 ސޫރަތް ކިޔަވައި ފުމެ މަތުރައިގެން ނަމަވެސް އެފަދަ ވާސްވާސްދޭ މީހުންނާ ދުރުވާން ޖެހެއެވެ.

    ]]>
    Thu, 02 Mar 2023 15:06:09 +0500 ހީރަސް
    މައުލޫމާތު ހޯދުމާ ޖަވާބުދާރީ ވުމަކީ ސިޔާސީ ހަތިޔާރެއް! https://heerasnews.com/1087 https://heerasnews.com/1087 ދެފުށް ފެންނާނެހެން ކަންކަން ހާމަކޮށް ކުރުމަކީ ގިނަ ކަންކަމުގެ އޮޅުންތައް ކުޑަ ކުރާ ކަމެކެވެ. އެހެނަސް ދެފުށް ފެންނަން ވާނެ ކަމަށް ބުނެ ހާމަކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ހީނުކުރާ ވަރުގެ ބޮޑެތި ދެރަތަކާ ކުރިމަތި ލާންޖެހިފައި ހުންނަނީ މަދެއްކޮށް ނޫނެވެ. އެންމެންގެ ރަނގަޅަށް ކުރަން އުޅޭ ކިތަންމެ ކަމެއް އެންމެ ރަނގަޅަށް ނުކުރެވުމުގެ ސަބަބަކަށް އެގެން ނުޖެހޭ ހާލަތުގައި އެގެން ނުޖެހޭ މީހުނަށް އެނގުންވެފައި އެބަހުއްޓެވެ.

    ދައުލަތް ހިންގުމުގައިވެސް އެންމެނަށް ހުރިހާ ކަމެއް އެންގުން ލާޒިމެއް ނޫނެވެ. ދައުލަތް ހިންގުމުގައި ކަންކަން ހިއްސާކޮށް ބައިވެރި ކުރަންޖެހޭ ފަރާތް ތައް ނިޒާމުގެ ތެރޭގައި ކަނޑައެޅިފައި އޮވެއެވެ. އެކަންކަމަށް ރައްޔިތުން މަތިކޮށްފައި ތިބޭ ބަޔަކު ތިބެއެވެ. ކަންކަން ކުރާންވީ ގޮތް ކަނޑައަޅައި ގާނޫނުތައް ހެދިފައިވެއެވެ. އެންމެންނަކު އަބަދަކު ހުރިހާ ކަމެއް އެގޭކަށް ބޭނުމެއް ނުވެއެވެ. އިތުބާރުކޮށް ބަޔަކު އިސްކޮށްފައި ތިބެނީ އެހެންވެގެނެވެ.

    އަމްދުން ހިނގަ ހިގާ ހުންނަ ތަހުގީގު ތަކުގައި އެހާލަތުގައި ހާމަވާން ނުޖެހޭ ކަންކަން ހާމަވުމުން ހެކި ފޮރުވުމާއި މައުސޫމު އެތައް ބައެއްގެ ޖާނާ ފުރާނައަށް ނުރައްކާވެފައި އެބަހުއްޓެވެ. ހިނގަ ހިނގާ ހުންނަ މަސައްކަތް ތަކުގައި ވެސް ހާމަވާން ނުޖެހޭ ކަންކަން ހާމަވުމުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެއެވެ. 

    އަނެއް ކޮޅުން ސިޔާސީ ވާދަވެރި ކަމުގެ ތެރެއިން ސަރުކާރަށް ކަމެއް ރަނގަޅަށް ވިޔަނުދޭން މަސައްކަތް ކުރާ މީހުން ލައްކަގިނައެވެ. ކިތަންމެ ރަނގަޅު ކަމެއްވެސް ނުބައިގޮތަކަށް ސިފަކޮށް ދީގެން ކަންކަން ގޯސް ކުރަން އުޅޭ މީހުން މަދެއްނޫނެވެ. އެ މިހުންގެ ބޭނުމަކީ އެ މީހުންނޫން ބަޔަކަށް ކަމެއް ވިޔަ ނުދިނުމެވެ.

    ސިޔާސީ ވާދަވެރިންގެ މަސައްކަތަކީ ރައްޔިތުންގެ ކުރިމަތީ ސަރުކާރު ފެއިލް ކޮށްލުމެވެ. އެތެރޭގައި ކަތުރުފަނި އަޅުވައިގެން ނަމަވެސް ފެން ނުހިފޭ ވަރުކޮށްލުމެވެ. މިފާޑުގެ މީހުން ގެންގުޅޭ އެންމެ ތޫނު ހަތިޔާރަކީ މައުލޫމާތު ހޯދުމާއި ޖަވާބުދާރީ ކުރުވުމެވެ. ބަސްހޯދާ ބަހުގައި ހިފާ ދެމުމެވެ. ގައުމާއި ރައްޔިތުންނާއި ދީނީ ބޯޑު އަޅުވައިގެން ލަސްކޮށް ފަސްކުރުވުމަކީ ވާދަވެރިންގެ އަމާޒެވެ. 

    ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިގެން ފިތުނަ އުފައްދާ ގައުމުގެ ބަދަހި ސަފުތަކުގެ ހީރަސް ނައްޓާލުމަކީ އަބަދުވެސް ކޮންމެވެސް ބަޔަކު ހުއްޓާނުލާ ކުރާކަންކަމެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ނަމުގައި ކަންކަން ފާލުންނައްޓާލަން ބަޔަކު ޖަހާހާ ސަކަރާތަކަށް ވާގި ދިނުމަކީ ޒިންމާދާރު ވުމެއް ނޫނެވެ.  ދައުލަތުގެ ވެރިންނަކީ ގައިރު ޒިންމަދަރު ނޫސްވެރިންނާއި ވާދަވެރި ސިޔާސީވެރިން އެންޓަޓައިން ކޮށްދޭން ތިބި ބައެއްނޫނެވެ.

    ]]>
    Tue, 28 Feb 2023 15:56:29 +0500 ހީރަސް
    ރައީސުލްޖުމްހޫރިއްޔާގެނައިބު ކުރީގެ ރައީސް މުހައްމަދު ނަޝީދު https://heerasnews.com/1084 https://heerasnews.com/1084 އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކާ އަދި ރަނިން މޭޓެއް ވާދަ ކުރާ އިންތިޚާބެއްގައި ގާސިމް އިބްރާހީމްގެ ރަނިން މޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ރައީސް ނަޝީދު ވާދަ ކުރައްވަފާނެ ހެއްޔެވެ؟

    މިފަހަކަށް އައިސް އެމްޑީޕީ ހަމަތަކާ އުޞޫލްތަކާ ޚިލާފް ވަރަށް ގިނަ ކަންކަން ރައީސް ނަޝީދު ކުރެއްވީ މަޖިލިސް ރައީސް ކަމާއި ޕާޓީން ވެސް އެ މަނިކުފާނު ވަކިކުރޭތޯ ކަމަށް ލަފާ ކުރި މީހުން ތިއްބެވެ. އިދިކޮޅަށްވުރެ އިދިކޮޅު ވެގެން ކުރެއްވި ހުރިހާ ކަމަކަށް ވެސް ރައީސް ޞޯލިހް ރިއެކްޓެއް ނުކުރެއްވިއެވެ. ހަމަ ކެތްތެރި ކަމުގައި ހަނު ހުންނެވީއެވެ. މަޖިލިސް ރައީސް ކަމުން ރައީސް ނަޝީދު ވަކި ކުރުމަށް ސޮއި ހަމަކޮށް މެމްބަރުން އެ ކަރުދާސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ދުވަހު އޭތި ބައްލަވާ ވެސް ނުލައްވާ ސައިޑް ޓޭބަލްގައި ބޭއްވެވީ ކަމަށްވެއެވެ. އޭގެ ފަހުން އެތަކެއް މަސް ފާއިތުވީ އިރުވެސް އެޑޮކިއުމެންޓް އަދިވެސް އޮތީ އޮތްތަނުގައި ކަމަށް މުޢުތަބަރު ފަރާތްތަކުން ބުނެއެވެ.

    އެންމެ ފަހުން ކެތް ނުވެގެން ރައީސް ނަޝީދު ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން ފާޅުގައި އެވާހަކަ ވިދާޅުވެ ބުޅާ ގޯނިން ބޭރުވެސް ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވާ ހަށަވާދަ ކިޔަން ވެސް ފަށައިފިއެވެ. ރައީސް ނަޝީދު މަޖިލިސް ރިޔާސަތުން ބާލަން ރައީސުލްޖުމްހޫރިއްޔާއަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ދެރަބަސް ބުނަނީއެވެ. އަނެއްކޮޅުން ހިރުވާތަން ކަހާވެސް ނުލިއެވެ.

    ޖުމްހޫރީ ޕާޓީގެ ރަނިންމޭޓު ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުކުމެވަޑައިގެންނެވި ދާނެއެވެ. އެހެން ނަމަވެސް އެކަމުގެ އަޚްލާގީ މިންގަނޑަށް ބަލާއިރު އެ ހިސާބުން އެމްޑީޕީގެ ރައީސް ކަމާއި މަޖިލިސް ރައީސްކަން އެމަނިކުފާނާ ފެޔަށް ޖެހުނީއެވެ.

    2013 ގައި ގާސިމްގެ ރަނިންމޭޓް ކަމުގައި ޑރ ހަސަން ސަޢީދު ނުކުންނަވާ ފުރަތަމަ ބުރުން ކާމިޔާބު ނުވި ހިސާބުން 10 އަހަރު ވީ އިރުވެސް ހަސަނުވީ  ތަނެއް އެނގޭ މީހަކު ނެތެވެ.

    މިއަހަރު އެއްބުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް ގާސިމް އިބްރާހިމަށް ކާމިޔާބުވާނެ ކަމަށް ދެކެނީ ކިތައް މީހުން ކަމެއް ނޭނގެއެވެ. ކާމިޔާބު ނުވެއްޖެ ނަމަވެސް ސޭޓަށް އެއީ އާކަމަކަށް ނުވާނެއެވެ. އެއީ އަބަދުވެސް ގާސިމަށް ވާގޮތެވެ. އެހެން ނަމަވެސް ފުރަތަމަ ބުރުން ގާސިމް ވެރިކަން ނުހޯދައިފި  ނަމަ ރައީސް ނަޝީދަށް އެވަނީ ފިސާރި އާގޮތެކެވެ. ގާތް ގަނޑަކަށް 2013 ގައި ޑރ ހަސަން ސައީދަށްވީ ގޮތެވެ. 

    ކުރީގެ ރައީސަކަށް ނައިބު ރައީސްކަން ވެސް ނުލިބުނީއެވެ. މަޖިލިސް ރައީސްކަމާ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްކަން ވެސް ގެއްލި އެގޮތް މިގޮތްވެ ގެއްލި ހުސްވީއެވެ.

    ބައެއް މީހުން ދެކޭ ގޮތުގައި މިކަން ރައީސް ނަޝީދަށް މާބޮޑަށް ސާފު ވާނެއެވެ. ގާސިމްގެ ރަނިންމޭޓް ކަމަށް ދެއްކިގެން މިހާރު ވެސް އެ ކުރައްވާ ކަމަކީ ރައީސް ޞޯލިހަށް "ކޯޑް" އަޅަނީއެވެ. ބަރުލަމާނީއާއި ބޮޑު ވަޒީރު ކަމަށް ރައީސް އިބޫއަށް ފްލަރޓް ކުރަނީއެވެ.

    ]]>
    Mon, 27 Feb 2023 14:50:07 +0500 ހީރަސް
    ޖޭޕީގެ ބުރަދަނަކީ މަދޮއްޓެއްގެ ބުރަދަން! https://heerasnews.com/1079 https://heerasnews.com/1079 ޖޭޕީ ރިޔާސީ އިންތިހާބަށް ފައި ނަގާއިރު ދެހަރާ ސައިނުވެ ދާނެކަމަށް ހީވަނީތާއެވެ. ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމުގެ އުންމީދު އައުވާ ކަމަށް ވިދާޅުވާ ވިދާޅުވުމާ ހިޔާލު އެއްގޮތްވާ ސަބަބުތަކެއް އެބަހުއްޓެވެ. 

    ރައީސް ސާލިހާ ޖޭޕީ ކޯލިޝަން ނުހެދުމުން އެމްޑީޕީއަށް ވެރިކަން ނުލިބުމަށްވުރެ ޖުމްހޫރީ ޕާޓީގެ ހުވަފެން ހަގީގަތަކަށް ނުވުން މާކައިރިއެވެ. ޖުމްހޫރީ ޕާޓީން ތިލަފަތުގެ ކޮޅު ބަރުކުރަން ކޮންމެ ފަހަރަކު ގަދަވާ ބައިގިނަ ކޮޅަށް ޖެހެލައިގެން ކިންގމޭކަރ ހެދި ހެދުން ހުއްޓާލާ މިފަހަރު އަމާޒު ހިފާފައި ހުރީ އަމިއްލަ ބާރުވެރިކަން އޮތް ވެރިކަމެއް އުފެއްދުމަށެވެ. އެވަރުގެ އިސްކޮޅެއް ޖުމްހޫރީގައި ހުރިކަމަށް ހީވެގެން އުޅޭ އުޅުމާ މެދު ވިސްނާލުން ރަނގަޅެވެ.

    ޖުމްހޫރީގެ އެވްރެޖް ސައިޒަކީ ވިއްސަކަށް ހާސް ވޯޓެވެ. ޖުމްހޫރީ ލީޑަރުގެ އަމިއްލަ ނަންފުޅަށް ފަނަރަ ވަރަކަށް ހާސް ވޯޓު ރާއްޖޭން އާއްމުކޮށް ލިބެއެވެ. އެނިސްބަތް ވެސް ކޮންމެ ފަސް އަހަރަކުން އަންނަނީ ދަށްވަމުންނެވެ. އެކަން އެނގޭ މިންގަނޑަކީ މާމިގިލީ ދާއިރާގެ މެންބަރުކަމުގެ ޕޮޕިއުލަރިޓީ ފަހަރަކަށް ވުރެ ފަހަރެއް ދަށް ވަމުން އައި އައުމެވެ. އަނެއް ކަމަކީ ބޭސްފަރުވާއާއި މަތީ ތައުލީމަށް ވިލާގެ އެހީތެރިކަން ހޯދަން ޖެހޭލެއް ކުޑަވެގެން ދިޔަ ދިޔުމެވެ.

    އެހެނެއް ކަމަކު 2023 އަކީ ގާސިމް އިބްރާހީމަށް ވެރިކަމަށް ވަޑައިގަތުމަށް އެންމެ ފަހި އަހަރުކަމަށް ދެކޭ ބަޔަކު އުޅެއެވެ. އެއްޔަކީ އެއްގޮތަކުން ބަލާއިރު މުޅިއަކުން ދޮގެއްވެސް ނޫނެވެ. ޖުމްހޫރީގެ ހުވަފެން ހަގީގަތަކަށް ވެދާނެ ސަބަބުތަކެއް ވެސް އަދި އެބަ ހުއްޓެވެ. އެސަބަބުތައް އެގޮތަށް ދެމިއޮންނާނީ ކިހާ ދުވަހަކަށް ކަން ޔަގީނެއް ނުވެއެވެ. 

    ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފިތުނައިގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ޖުމްހުރީއަށް ކަމަށް ހިސާބުޖަހާ މީހުން އުޅެއެވެ. އެމްޑީޕީގެ ރައީސް ނަޝީދުގެ ބަސްމަގާއި އަމަލުފުޅު ހުރިގޮތުން ފިކުރެއްގެ ދިރުމުން ޖުމްހޫރީއަށް ބާރުދޭ ކަމަށް ބެލެވެއެވެ. އަނެއް ކޮޅުން ޕީޕީއެމްގެ ރައީސް ޔާމީނު ޖަލުގައި އޮންނެވުމުން އޭގެ ފައިދާ ނެގުމުގެ ފުރުސަތު އެންމެ ބޮޑީ ޖޭޕީއަށް ކަމަށް ބެލެވެއެވެ. މި ފަހަރަކީ ޖޭޕީގެ ފަހަރު ކަމަށް ގަބޫލުކުރާ މައިގަޑު ސަބަބު ތަކަކީ މިއެވެ. 

    ޖޭޕީގެ އެ ހުވަފެން ހަގީގަތަކަށް ކިރިޔާ ވެސް ވާނީ ރައީސް ޔާމީނު މިނިވަންވެ ވަޑައިނުގެން ފިއްޔާއެވެ. މަތީ ކޯޓު މަރުހަލާއިން ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތުމަކީ ވެސް ނެތްކަމެއް ނޫންތާއެވެ. ރައީސް ޔާމީނު މިނިވަންވެ ވަޑައިގެންފި ނަމަ މުޅި ޕީޕީއެމް ގަނޑުކޮށް އެ މަނިކުފާނު ފަހަތްޕުޅުގައި އޮންނާނެއެވެ. އެ ހިސާބުން ގާސިމުގެ ވެރިކަމުގެ ހުވަފެން ބިލާހަކަށްވެ އަނެއްކާ ވެސް ކޮޅު ބަރުކޮށްލަން ތިލަފަތު ކޮޅަށް ވައްޓާލާ މަދޮއްޓަކަށް ޖޭޕީ ބަދަލުވާނެއެވެ.   

    ]]>
    Sat, 25 Feb 2023 15:12:50 +0500 ހީރަސް
    އިދިކޮޅަށްވުރެ އިދިކޮޅު ރައީސަކީ ރައީސެއް ނޫން https://heerasnews.com/1077 https://heerasnews.com/1077 ރިޔާސީ އިންތިހާބުގެ ޓިކެޓާ ގުޅޭ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރައްވާނެ މަޝްވަރާއެއް ރައީސް ނަޝީދު ދެން ނުއޮންނާނެއެވެ. ރައީސް ނަޝީދަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ ޕާޓީގެ ޓިކެޓް ލިބި ވަޑައިގަތް ރައީސް ސާލިހަށް ވެރިކަން ކާމިޔާބު ކޮށްދެއްވަން ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރެއްވުމެވެ. 

    ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސެވެ. ޕާޓީގެ ސިޔާސީ ނިންމުންތައް ތަންފީޒުކޮށް ޕާޓީގެ ސިޔާސީ ކުރިމަގު މެންބަރުންގެ ވިންދާ އެއްގޮތަށް ބައްޓަން ކުރައްވަން ޖެހޭ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސެވެ. ޕާޓީގެ އާއްމު މެންބަރު ނިންމާފައި އެއޮތީ އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ މިހާރުގެ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަމަށެވެ. މުޅި ޕާޓީ އެއްވާނަކަށް ނިކުމެ މިހާރު އޮތީ ރައީސް ސާލިހު ދެވަނަ ދައުރަށް އިންތިހާބު ކުރުމެވެ. 

    އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން ޕާޓީގެ އެންމެ ބޮޑު ނިންމުން ފުޑާ ލެއްވުމަކީ ރައީސް ނަޝީދާ ވައްތަރު ކަމެއް ނޫނެވެ. ރައީސް ނަޝީދަކީ ފަހަތަށް ޖެހިވަޑައިގަންނަވަންވީ ކޮންމެ ތަނެއްގައި ފަހަތަށް ޖެހިވަޑައިގަތް ބޭފުޅެކެވެ. ތަފާތު ހިޔާލު ހަޖަމް ކުރެއްވުނު ބޭފުޅެކެވެ.

    ރައީސް ނަޝީދަށް ސިޔާސީ މަސައްކަތްޕުޅު ރައީސް ސާލިހާއެކު ނުކުރެއްވެންޏާ އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނެވުމުގެ ލެޖިޓެމަސީއެއް ނުއޮންނާނެއެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވަން މަސައްކަތް ނުކުރައްވާ ޕާޓީގެ ރައީސަކީ ރައީސެއް ނޫނެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުންތައް ގަބޫލު ނުކުރާ ރައީސަކީ ރައީސެއް ނޫނެވެ. އާއްމު މެންބަރުންގެ ވޯޓުން ހޮވާ ރިޔާސީ ކެންޑިޑޭޓް ގަބޫލު ނުކުރާ ރައީސަކީ ރައީސެއް ނޫނެވެ. 

    އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ރައްދު ދެއްވުމުގެ ގޮތުން "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން ކުރި ޓްވީޓެއްގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ މަނިކުފާނު އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވުމުން ވިސްނުންފުޅު ސާފެވެ. އެމްޑީޕީއާއި އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވެވުނީ ގޯހަކުން ކަމަށް ފަހުން ވިދާޅުވިޔަސް ބުޅާ އޮތީ ގޯނިން ބޭރުވެފައެވެ.

    ރާއްޖެއާއި އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯއްދެވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ މެންބަރުންގެ ވިންދާ ދެކޮޅަކަށް ނޫނެވެ. އެމްޑީޕީގެ ޗޮއިސްއަކީ ރައީސް ސާލިހެވެ. ރައީސާއެކު ހުންނަވައިގެން ވާން އޮތް ކަމެއްގެ ގޮތުގައި އެކަން ރައީސް ނަޝީދަށް ފެނިވަޑައި ނުގަތަސް ގިނަ މެންބަރުންނާއި ރައްޔިތުންނަށް ފެނުނީ ރައީސް ސާލިހެވެ. އެނގޭހާ ވެސް އެއްޗަކީ އެމްޑީޕީގައި ރައީސަކު ހުރިނަމަ އެމްޑީޕީގެ އާއްމު މެންބަރުންނާއި ގައުމީ މަޖިލީހުގެ ނިންމުން ތަކަށް އިހުތިރާމްކޮށް މަސައްކަތް ކުރާނެ ކަމެވެ. އާއްމު މެންބަރުންގެ ނިންމުމާ އިދިކޮޅުވެ ޕާޓީގެ ނިންމުންތައް ބޮލާލާ ޖަހާމީހަކީ ޕާޓީގެ ރައީސަކަށް ނުވާނެއެވެ. ޕާޓީއާއި އިދިކޮޅަށްވުރެ އިދިކޮޅު ރައީސަކީ ރައީސެއް ނޫނެވެ.
    ]]>
    Sat, 25 Feb 2023 11:45:56 +0500 ހީރަސް
    ސިޔާސީ ވަޒީފާ ދެނީ ރައީސަށް ހަރާން ކޯރުވާކަށް ނޫން https://heerasnews.com/1065 https://heerasnews.com/1065 އެމްޑީޕީ ސްލޮޓްކުގައި ވަޒީފާތައް އަދާކުރާ ބޭފުޅުން ތިއްބެވި ވަޒީފާތަކީ އެމްޑީޕީ މެމްބަރުން ދިން ވަޒީފާތަކެއް ނުނޭ ބުނީ ކާކު ހެއްޔެވެ. ޕެޕަސްޕްރޭ ޖެހުނުހާ އެމްޑީޕީ މީހުނަށް ވަޒީފާ ނުދޭނަމޭ ގޮވީ ކާކު ހެއްޔެވެ. ހަމަ ގައިމު ރައީސް ސާލިހެއް ނޫނެވެ.

    ސަރުކާރުގެ ސިޔާސީ ވަޒީފާ ތަކަކީ އީވާއާއި އަންނިމެން ގޭ ބަދިގޭގެ އުނދުނު ފުއްޑަނުން އުފެދުނު ވަޒީފާތަކެއް ނޫނެވެ. ސިޔާސީ މަގާމު ތަކަށް މީހުން ލުމާ ވަކިކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނޫ އަސާސީން ދީފައެވެ. އެ މަގާމު ތަކުގައި ތިބެން ޖެހޭނީ ސަރުކާރުގެ ސިޔާސަތަށް އިހުތިރާމްކުރާ އެސިޔާސަތުތައް ދިފާއުކޮށް ތަންފީޒު ކުރާ ރައީސަށް ވަފާތެރި ބައެކެވެ.

    ވެރިކަން ހިންގާ ކޯލިޝަން ޕާޓްނަރަކަށް ވީތީ ސަރުކާރުގައި ބައިވެރިވާ ޕާޓީ ތަކަށް ސިޔާސީ ސްލޮޓް ތަކެއް ލިބުމަކީ އެ ސްލޮޓް ތަކުގައި މަގާމް ލިބޭ ބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ހަރާން ކޯރުވުމަށް ދޭ ފުރުސަތެއް ނޫނެވެ. އެގޮތުން އެމްޑީޕީ ސްލޮޓްގައި ބަޔަކަށް ވަޒީފާ ދިނުމަށް ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީގެ ރައީސަށް ދިން ދިނުމަކީ ސަރުކާރު ވާގިނައްތާލަން ވައިރަސް ތަކެއް ސަރުކާރު ތެރެއަށް ވަންދަން ރައީސް ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ ދިން ފުރުސަތެއް ނޫނެވެ.

    ސަރުކާރުން ފުރުސަތު ލިބުނު ފަނިފަކުސައާއި އީވާމެނަށް ނޭނގުނު ކަމަކީ އެމްޑީޕީގެ އިސްލީޑަރަކީވެސް ރައީސް ސާލިހުކަމެވެ. އެމްޑީޕީގެ ހުރިހާ ގުނަނެއްގެ މެޖޯރިޓީ އޮތީ ރައީސް ސާލިހާ އެކުގައި ކަމެވެ. ޕާޓީގެ ހައިސިއްޔަތުން ވިޔަސް ގައުމީ ހައިސިއްޔަތުން ވިޔަސް ސަރުކާރުގެ ސިޔާސީ ވަޒީފާ ތަކުގައި ތިބި އެންމެން ބޯލަނބާ ކިޔަމަން ވާން ޖެހެނީ ރައީސް ސޯލިހަށް ކަމެވެ.

    އެމްޑީޕީގެ ސްލޮޓްގައި ވަޒީފާ ލިބިފައި ތިބީތީ އެމްޑީޕީގެ އިސްލީޑަރަށް ވަފާތެރިނުވެ އިހުލާސްތެރި ނުވެ އެމްޑީޕީގެ ރައީސަށް ވެސް ބޯލަނބާކަށް ނުޖެހެއެވެ. އަމްދުން އިދިކޮޅަށްވުރެ އިދިކޮޅު އީވާމެނަށް ބޯލަބަން ޖެހޭ ސަބަބެއް ނޯންނާނެއެވެ.

    އެތެރޭގެ ފިއްތުންތައް އިންތިހާއަށް އޮތް އިރުވެސް ފާހަގަ ކޮށްލެވޭ ރަނގަޅު ސިފަތަކެއް ރައީސް ސާލިހުގެ ފަރާތްޕުޅުން ފެނެއެވެ. ކެތްތެރި ކަމެވެ. ބަދަލު ނުހިއްޕެވުމެވެ. ޖަދަލު ނުކުރެއްވުމެވެ. އަނެއްކޮޅުން ރައީސް ސާލިހުގެ ކުޅަދާނަފުޅު ކަމަކީ ޖާސޫސުންނާއި ހަސަދަވެރިންނާއި ވާދަވެރިންނާއެކު ތައައްސުބެއް ނެތި ބާކީ ނުކޮށް މަގާމުން ވަކިނުކޮށް އެކުގައި ދައުރެއް ނިންމާލައްވާ ކަމެވެ. 

    ]]>
    Tue, 21 Feb 2023 01:21:16 +0500 ހީރަސް
    އިސް މީހުނަށް ނުދައްކާ ބިރެއް މުއައްޒަފަކަށް ނުދައްކާނެ! https://heerasnews.com/1061 https://heerasnews.com/1061 ވަޒީފާގެ ބިރު މި ސަރުކާރުން ދައްކާ ކަމަށް ބުނެ މެންބަރު ފިރުޝާން ވާހަކަ ދެއްކާއިރު ހޮދު އޭނާވެސް އެ ވާހަކަ ގަބޫލެއް ނުކުރާނެއެވެ. ފިކުރެއްގެ ދިރުމަށް ތާއީދުކުރާ އާދައިގެ ދެރަވަރު މުއައްޒަފުންނަށް ބިރު ދެއްކުމަށްވުރެ އެފިކުރު އުފައްދާ ހިންގާ އިސްމީހުނަށް ފިޔަވަޅު އަޅަން ފުރުސަތު އޮވެ އެކަން ނުކުރާ ސަރުކާރަކުން އާދައިގެ މުއައްޒަފުންނަށް އެ ޒާތުގެ ބިރުދެއްކުމެއް ދައްކަފާނެ ކަމަށް ހަމަބުއްދި ހުރި މީހަކު ގަބޫލެއް ނުކުރާނެއެވެ.

    ފިކުރެއްގެ ދިރުމުގެ މައި މުގުލަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ފިކުރެއްގެ ދިރުމާ ދެކޮޅަށެވެ. ފިކުރެއްގެ ދިރުމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަޖިލިސްގެ ރައީސް ކަމުން ރައީސް ނަޝީދު ބޭރުކޮށްލުމަކީ މި ސަރުކާރަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ފަސޭހަކަމާއެކު ބަދަލުކޮށްލެވެން އޮވެ އެކަންނުކޮށް އެ އޮތީ ތަފާތު ފިކުރަށް މި ސަރުކާރުން ޖާގަ ދޭތީއެވެ. ކުރެވެން ނެތިގެނެއް ނޫނެވެ. 

    ރައީސް އޮފީހުގެ މިނިސްޓަރުންނާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ސިޔާސީ މަގާމު ތަކަށް އައްޔަނުކޮށްފައި ތިބި އެތައް ބަޔަކު ރައީސް ސާލިހާ ދެކޮޅަށް ފާޅުގާ ފާޑުކިޔާ ފިކުރެއްގެ ދިރުމަށް ތާއީދުކޮށް އެ ފިކުރު ދިރުވަން ހޭކަނޑާލާފައި އެބައުޅެއެވެ. ރައީސް އައްޔަނު ކުރައްވާފައިވާ ސިޔާސީ މަގާމު ތަކުގައި ތިބެއެވެ. 

    ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ޗެއަރމަނުންނާއި މެނޭޖިންގ ޑިރެކްޓަރުންނާއި ބޯޑް މެންބަރުން ވެސް ރައީސްގެ ސިޔާސަތަށް ހާމަކަން މަތީ ފާޑުކިޔާ އިދިކޮޅަށްވުރެ އިދިކޮޅު ވެގެން އެތިބަގެން އުޅެނީއެވެ. އެކެއްގެ އެއް މަގާމުވެސް ނުގެއްލެއެވެ. 

    ކުންފުނިތަކާއި އޮފީސްތަކުގައި ހަމަޖެހިފައި އޮންނަ އުސޫލާ ހިލާފު ވެގެން އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ސިޔާސީ ފިކުރަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ނަސޭހަތް ދިނުމާއި އިންޒާރު ކުރުމާއި ވަޒީފާއިން ވަކި ކުރުމަކީ އެތަނެއްގައި ހަމަޖެހިފައި އޮންނަ އުސޫލަކުން ކުރެވޭނެ ކަންކަމެވެ. މީހެއްގެ އުޅުން ގޯސްވެ އެތަނަކަށް ނުތަކޭމާ ހަމަޖެހިފައި އޮންނަ އުސޫލުން ފިޔަވަޅެއް އަޅާ އިރަށް އެކަމެއް ސިޔާސީކޮށްގެން ފިތުނަ އުފެއްދުމަކީ އައު ކަންކަމެއް ނޫނެވެ. 

    އުސޫލާ ހިލާފަށް މީހަކު މަގާމުން ވަކިކޮށް ފިޔަވަޅެއް އަޅައިފިނަމަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ގޮސް އިންސާފު ހޯދާށެވެ. އެވަރުން ނުވަންޏާ ކޯޓަށް ދާށެވެ. މަޖިލީހުގެ ތެޅުމުގައި ނެގިނެގިފައި ޖެހުނަސް އެ މުއައްޒިފަށް އިންސާފެއް ނުލިބޭނެއެވެ. ފިކުރެއްގެ ދިރުން ކުރިއަރުވަން ޗަރުކޭސް ކުޅޭ ތަނަކަށް މަޖިލީހުގެ ފްލޯ ހަދައިގެން އުޅުނަސް މަރުވެފާ އޮތް ފިކުރެއް ނުދިރޭނެއެވެ.  

    ]]>
    Mon, 20 Feb 2023 14:49:48 +0500 ހީރަސް
    އިސްތިއުފާއަށް ގޮވާލެވޭ އަޑު އެއްވާނަކަށް ޖެހިދާނެ! https://heerasnews.com/1050 https://heerasnews.com/1050 ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލުގައި ގިރިދަށްކަން ނަޝީދު މިހުންނަނީ ކީއްވެފާ ހެއްޔެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏެކޭ ނަޝީދެކޭ އެމްޑީޕީއަށް ތަފާތެއް ނެތެވެ. ޕާލަމަންޓްރީ ގްރޫޕްގެ ނިންމުމަކަށް ތަބައެއް ނުވެއެވެ. ގައުމީ މަޖިލީހުގެ ނިންމުމަކަށް ތަބައެއް ނުވެއެވެ. ކޮންގްރެސްގެ ނިންމުމަކަށް ބޮލެއް ނުލަނބައެވެ. އާއްމު މެންބަރުން ދޭވޯޓެއްގެ ނަތީޖާ ގަބޫލެއް ނުކުރެއެވެ. އެކަމަކު ޕާޓީގެ ރައީސޯލައެވެ. 

    އެމްޑީޕީގެ ގުނަން ތަކުގެ ނިންމުންތައް ބޮލާލާ ޖެހުމަކީ އެމްޑީޕީގެ ރައީސްގެ މަސްއޫލިއްޔަތަކީ ހެއްޔެވެ. އެތައް ހާސް ބަޔަކީ ތިމާ ކަމަށް ހެދިގެން އުޅުމަކީ ނަޝީދުގެ ޑިމޮކްރަސީ ހެއްޔެވެ. މެޖޯރިޓީއަކީ ނަޝީދުގެ ވިދާޅުބަސްފުޅު ހެއްޔެވެ. މުޅި ޕާޓީގެ އެންމެން ތިބޭން ޖެހެނީ ނަޝީދު އެޅިހާ ބަތަކަށް ރިހަ ވެގެން ހެއްޔެވެ. އެމްޑީޕީގެ ވެރިކަމެއްގައި ވެސް ގައުމުގެ ވެރިކަން ނުކުރާން ކަމަށް ހުވާކޮށްގެން ފެށި އިސްލާހީ ހަރަކާތަކީ ނަޝީދުގެ މުށުތެރެއަށް ތާއަބަދަށް އެމްޑީޕީ މަހާލުމުގެ ތެޔޮގުޅާ ސާދާއެއް ހެއްޔެވެ. 

    ހޮދުމުހުތާރު ވުމުގައި ނަންވާނީ މުގާބޭއެވެ. މައުމޫނަށް ކުރިހާ މަލާމާތާއި ފުރައްސާރަ ތިމާގެ އަނގައަށް ވަދެ ނިމިއްޖެއެވެ. ގަބީލާއެއް ޕަޕެޓެއް ވަކިނުވާ ވަރަށެވެ. އެމްޑީޕީ އުފެދުނީއްސުރެ ނަޝީދު ޖެހިހާ ބެރަކަށް އާއްމު މެންބަރުން ނެށިއެވެ. އިސްކޮށް އުޅުނު ފިކުރު ތަފާތު އެންމެންހެން ފައްސާ ނަގާލިއެވެ. އިބުރާމެން މުނައްވަރުމެން ގޮތް ދޫކޮށް ފަހަތައް ޖެހެލީ ނަޝީދުގެ ހަގީގީ ސޫރަ ކޮންމެވެސް ހިސާބަކުން ރައްޔިތުންނަށް ދައްކާލަން ތާއެވެ.

    ކާމިޔާބީގައި ހިތްތިރިކޮށް ނާކަމިޔާބީގައި ހިތްވަރު ގަދަކުރުމުގެ ފަލްސަފާއަކީ ނަޝީދު ނޫން އެހެން މީހުންގެ މައްޗަށް ހިނގާ އެއްޗަކީތާއެވެ. ފަހަތަށް ޖެހެން ޖެހޭތާ ފަހަތަށް ޖެހެން ޖެހެނީ ވެސް އެހެން މީހުނެވެ. މެޖޯރިޓީއަށް ތަބާ ނުވުމާ ގަދަބަސް ބުނުމުގައި ހައްދެއް ސުމާރެއް ނޯވެއެވެ. ކިތަންމެ މަވެތި ވިޔަސް މަހެއް ފަހާލާނެ މަހެއް ހުރެދާނެކަން މިއަދު އެބަ އެނގޭ ނޫންހެއްޔެވެ.

    ކުރިން އެމްޑީޕީގައި އުޅުނުހާ ހަރު ސިޔާސީ މީހުން އެކި ކަހަލަ ބަދުނާމުގައި ފައްސާނަގާލިއެވެ. އެކަމަކު އަބަދަކު އެންމެނަކު އެއްގޮތެއް ނުވާނެއެވެ. އެމްޑީޕީ ހިސޯރުކޮށް އޮބިއަޅުވައިގެން އުޅުނު ރޫހާނީ ލީޑަރު ވެސް ޕާޓީން ބާކީވެ މިއަދު އެކަހެރި ވެއްޖެއެވެ. މަގުބޫލުކަން ތެއްތިރީހަކަށް ޕަސެންޓައް ވެއްޓިއްޖެއެވެ. ފިކުރެއްގެ ދިރުމަކީ ހިޔާލީ ފޮލަޔަކަށް ވެނިމެނީއެވެ. ހަކުޅި ކުރިއަށް ކުޅެ، ކުޅޭ ކޮންމެ ކުޅިއަކީ މުއުޖިޒާތެއް ގޮތުގައި ދެއްކި ދުވަސް ފަހަނަ އަޅާ ހިނގައްޖެއެވެ. ބޭނުންވާ ގޮތަކަށް ޕާޓީގެ އެއްވެސް ގުނަވަނަކުން އެއްކަމެއްވެސް ފާހެއް ވަނީއެއް ނޫނެވެ. 

    ބޮޑާ ހެދުމާ ފުއްވުންނޫން ކަމެއް ޕާޓީގެ ރައީސްގައި ނެތެވެ. ހާކާ ބޮޑާ ބަލާ ލޮއްސަން އުޅޭނެ ބަޔަކު ދާދި މަދުވެއްޖެއެވެ.  މިއަދު ޕާޓީގެ ރައީސަކަށް ނަޝީދު ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް ބަހައްތަން ފެންނަކަމަށް ބޮޑު އަގުލަބިއްޔަތެއް ލިބުމަށްވުރެ ނުލިބުން ގާތެވެ. އެންމެ ފަހުން އެމްޑީޕީގެ ރައީސްގެ އިސްތިއުފާއަށް ގޮވާލެވޭ އަޑު އެއްވާނަކަށް ޕާޓީގެ ތެރޭގައި ހިފަމުން ދާންފަށައިފިއެވެ. 

    ]]>
    Thu, 16 Feb 2023 15:00:37 +0500 ހީރަސް
    ދައްޖާލު އޮންނަނީ ކަސްތަޅުއަޅާ ހައްޔަރުކޮށްފަ! https://heerasnews.com/1014 https://heerasnews.com/1014 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޕީޕީއެމުން ގަބޫލު ނުކޮށްގެން ރައީސް ސާލިހު އެހުންނެވީ ފިއްކަޑައިގެން ގޮސްގޮހެވެ. އަޅެ ކިހާ ދެރަހެއްޔެވެ. ޕީޕީއެމުން އެކަން ގަބޫލުކުރާނެ ގޮތެއްވެސް އޮތީއެއް ނޫނެވެ.

    ޕީޕީއެމުން ރައީސް ސާލިހަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ގަބޫލު ނުކޮށްގެން އިބޫއަށް ރިޔާސީ ބަޔާން އިއްވުނީއެއް ނޫނެވެ. ރައީސް އޮފީހަށް ވެންނެވެނީއެއް ނޫނެވެ. އަމުރެއް މައުރޫފެއް ހިނގަނީއެއް ނޫނެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީވެސް އެތިބީ އިބޫއަށް ކުނި މޫނުދައްކާ ވެރިކަމުން ބާލައިގެނެވެ.

    އިބޫ ގަނޑުވަރުން ފޮށިތަންމަތި ބަންނަވައިގެން އެހުންނެވީ ހިންނަވަރަށް ވަޑައިގެންނެވެ. ސިފަޔަކު ފުލުހަކު ރައްކާތެރިކަމެއް ދެނީއެއް ނޫނެވެ. ދެރަކަމުގެ ކޮޅެއްނެތެވެ. ޕީޕީއެމުން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ނުވެގެން އެބަޔާނަކީ އުދުނު އަތްދޮށް ފޮއްޗަށް ވެސް ކަމުނުދިޔައެވެ.

    އޭދަފުށީ ސަލީމާއި ނައިފަރު ޝީޔާމަކީ މަޖިލީހެވެ. ގާނޫނެވެ. ހަމައެވެ. ޝަރީއަތެވެ. އެމީހުން ބުނީމާ ރައީސް ރައީސަކަށް ނުވެއެވެ. ފަނޑިޔާރު ފަނޑިޔާރަކަށް ނުވެއެވެ. ގާނޫނު ގާނޫނަކަށް ނުވެއެވެ. ވައްކަން ވައްކަމަކަށް ނުވެއެވެ. ހުކުން ހުކުމަކަށް ނުވެއެވެ.

    ދައްޖާލުގެ އަޅުން ގަބޫލުކުރާ ގޮތުގައި ކަލަކީ ދައްޖާލެވެ. ދައްޖާލަށް ސައިކުރާކައްކާދޭ ބަޔަކު އުޅޭހެން ދައްޖާލުގެ ސުވަރުގެ އެދޭމީހުން ތިބެއެވެ. ކަލާނގެ ވަންތަވެގެން އުޅުނަސް ގިޔާމަތާ ޖެހެންދެން ދައްޖާލު އޮންނާނީ ހުރާސާނުގައި ކަސްތަޅު އެޅިފައެވެ. އެޔެކޭ މިޔެކޭ ތަފާތެއް ނެތެވެ.   

    ޔާމީނުގެ ބައިގަނޑު ދެކޭގޮތުގައި މިނިވަންކަމަކީ ޔާމީނެވެ. ތަރައްގީއަކީ ޔާމީނެވެ. ދީނަކީވެސް ޔާމީނޭ ހީވެއެވެ. އެ މީހުނަށް ރައީސުލްޖުމްހޫރިއްޔައަކީ ވެސް ޔާމީނެވެ. ރައީސް އޮފީހަކީ ޔާމީނު އޮތްތަނެކެވެ. އެތަނަކީ ޖަލެވެ. ރައީސް އޮންނާނީ ކަސްތަޅު އެޅިގެން ޖަލުގައެވެ.

    ]]>
    Wed, 08 Feb 2023 12:48:09 +0500 ހީރަސް
    ނައިފަރު ޝިޔާމަކީ ސްޕްރީމްކޯޓެއް އުއްތަމަ ފަނޑިޔާރެއްނޫން! https://heerasnews.com/1008 https://heerasnews.com/1008 ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށް ނައިފަރު ދައިރާގެ މެންބަރު އަހުމަދު ޝިޔާމް ނޫސްވެރިންގާތުގައި މިއަދު ބުނެފިއެވެ. އެބުނި ބުނުމުން އަހުމަދު ޝިޔާމް އިސްވެ ހުރެ ސިޔާސީ ހަރަކާތުގެ ނަމުގައި އެ ހިންގަނީ ދައުލަތާ އިދިކޮޅު ހަރަކާތް ތަކެއްކަން ވަރަށް ރަނގަޅަށް ސާބިތެވެ. ތިމާގެ ސައިޒު އޮޅި ރައްޔިތުންގެ އަޑު އުފުލަނީ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައާއި މަޖިލީހުން ބޭރުގައި ޝިޔާމާއި އޭނާގެ ބައިވެރިން އެހިންގަނީ ސުލްހަވެރި ސިޔާސީ ހަރަކާތް ނޫންކަން އަމިއްލަ ދުލުން އެހުރެ އިއުތިރާފް ވަނީއެވެ.

    ޅ. ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުހައްމަދު ސާލިހަކީ ދިވެހި ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް 2018 ގައި ދިވެހިރައްޔިތުން ހޮވާފައިވާ ރާއްޖޭގެ ގާނޫނީ ރައީސެވެ. އެ މަނިކުފާނުގެ ދައުރު ހަމަވާނީ 11 ނޮވެންބަރ 2023 ގައެވެ. އެ މަނިކުފަނުގެ ރައީސް ކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ރާއްޖޭގެ ރައްޔިތުން މަޖިލީހުގައި ސުވާލު އުފައްދާ އިތުބާރު ނެތްކަމުގެ ކުޑަވެސް ކަމެއް ހިނގާފައެއް ނުވެއެވެ. ރާއްޖޭގެ ރައީސް ކަމުގެ ޝަރުތެއް އުނިވެ ރައީސް ކަމުގެ ލެޖިޓަމަސީއާއި ގުޅޭ އެއްވެސް ދައުވާއެއް ޝަރީއަތެއް ހުކުމެއް މިހާތަނަކަށް ނެތެވެ. ގާނޫނުގައި ބަޔާންވެފައި ނެތް ގޮތަކަށް ހިނދުކޮޅަކަށް ވެސް މަގާމުން ތަނާޒުލްވެ ވަޑައިގެންފައެއް ނެތެވެ. ނައިފަރު ޝިޔާމްމެން ކިތަންމެ ނަފްރަތު ކުރިޔަސް އިބްރާހީމް މުހައްމަދު ސާލިހަކީ މި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއެވެ. 

    ރައްޔިތުންގެ މަޖިލީހުގައި ކިތަންމެ ވަރަކަށް ޕީޕީއެމް ޕީއެންސީ ސިޔާސީ ޗަރުކޭސް ކުޅުނަސް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގާނޫނީ ހައިސިއްޔަތާއި މެދު ރައްޔިތުންގެ ތެރޭގައި ދައްކަނީކީ ލޯމަރާލައިގެން ތިބެވޭ ޒާތުގެ ވާހަކައެއް ނޫނެވެ. ހަނި އަގުލަބިއްޔަތަކުން ނައިފަރު ދާއިރާގެ ގޮނޑި ލިބިފައި އޮތަސް ނައިފަރު ދާއިރާގެ މެޖޯރިޓީ އޮތީ ޝިޔާމާ އެއްކޮޅަކަށް ނޫނެވެ. ޝިޔާމް ތިޔަ ދައްކަނީ ނައިފަރު ދައިރާގެ ރައްޔިތުންގެ މެޖޯރިޓީ ދައްކަން ބޭނުންވެގެން ދައްކާ ވާހަކައެއް ނޫނެވެ. އަދި ޝިޔާމަށް ވޯޓުދީގެން ހޮވި ގިނަ މީހުން ދައްކަން ބޭނުންވާ ވާހަކައެއް ވެސް ނޫނެވެ. ޝިޔާމު ހިތުން ޝިޔާމުގެ ދުލުން ނިކުންނާނީ ރައްޔިތުންގެ އަޑެވެ. އެހެނެއް ނުވާނެއެވެ. 

    ދައުލަތުގެ އެންމެ މަތީ މަސްލަހަތަށް އިހުތިރާމް ނުކުރާ މެންބަރަކީ މެންބަރެއް ނޫނެވެ. މަޖިލީހުގެ ބަލައިގަނެ ގަބޫލުކޮށްފައިވާ ކަމެއް އަމިއްލަ އެދުމުން ފޯވެފާ ތިބި ޝިޔާމުމެން ކަހަލަ ރޮނގާއްޔަށް ބަދަލު ކުރެވޭހެއްޔެވެ. ނުކުރެވޭނެއެވެ. މެޖޯރިޓީއަށް ތަބާނުވެ ބޮކިޖަހަޖަހާ ތިބެން ޖެހޭނީ ބޭރުގައެވެ. މަޖިލީހުގެ ނިޒާމު ގެއްލުވައިލާ މެޖޯރިޓީގެ ހައްގު ގެއްލުވައިލަން ފުމެންޏާ ތިބެން ޖެހެނީ ދަނޑުން ބޭރުގައެވެ. ރަތްކާޑު ދައްކާ ބެންޗުން ބޭރު ކުރަން ޖެނުނީމާ ޖެހޭނީ ބެންޗުން ވެސް ބޭރު ކުރާށެވެ. 

    ހަޖަމް ނުވިޔަސް ރިޔާސީ ބަޔާން މިއަދު އެ އިއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއޔާއެވެ. ރައީސް ސާލިހުގެ ގަނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދާ ހުކުން ކުރަން ޝިޔާމަކީ ސްޕްރީމް ކޯޓެއް އުއްތަމަ ފަނޑިޔާރެއް ނޫނެވެ. 

    ]]>
    Mon, 06 Feb 2023 16:12:26 +0500 ހީރަސް
    ވޯޓު އޮޅުވާލުމުގައި ހަސަނު ވަރެއްނެތް https://heerasnews.com/963 https://heerasnews.com/963 ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެހެން ހަސަނަށް ހީވާނެއެވެ. ހަސަނަކީ ފެށުނީއްސުރެ ފުޅަށް ބުޑުން ގޮސް ވަގަށް ކެޔޮގަނޑު ކެނޑުންނޫން ކަމެއް ކުރި މީހެއް ނޫންވިއްޔާއެވެ. ހަސަން ލަތީފަށް ވެސް ވެގެން އެއުޅެނީ އެހެންނެވެ.

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހަސަން ލަތީފް ދައްކަނީ އެޒާތުގެ ވާހަކައެކެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ހަސަން ލަތީފް އެ ތުހުމަތު ކުރާނެކަން ކުރިން ވެސް އެނގެއެވެ.

    އެމްޑީޕީގެ ޗެއަރޕާސަން ކަމުގައި ހުރެ ހަސަން ލަތީފުމެން އިންތިހާބުގައި ވޯޓު އޮޅުވާނުލާ ފަހަރެއް ދިޔައީއެއް ނޫނެވެ. އެ ވަގުތަކަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަތްހާ ގޮތަކަށް ޕާޓީގެ ޕްރައިމަރީތައް އޮޅުވާލަ ދިނީ ހަސަން ލަތީފް އިސްވެ ހުރެއެވެ. ވޯޓު އޮޅުވާ ޑަބަލް ސްޓެންޑަރޑް ދައްކަން ހަސަން ލަތީފު ވަރެއް ނުހުންނާނެއެވެ. ވޯޓު އޮޅުވާލަން ކުރާނެ ކަންތައް ވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. 

    ނޫސް ކޮންފަރެންސްގައި އެކިޔާ ދިނީ ވޯޓު އޮޅުވަން ހަސަންމެން ކޮށްއުޅުނު ކަންކަމުގެ ކުޑަ މިންވަރެކެވެ. ޕާޓީގެ ދަފުތަރު ސާފުނުކޮށް އިންތިހާބުތައް ގަޑުބަޑުކުރުމުގައި އުޅުމަށް ފަހު އެ ސަކަރާތްތައް ޖަހަން ފުރުސަތު ގެއްލުނީމާ ލައްކަ މޭ ކަރާނެއެވެ.

    އާނއެކެވެ. އިންތިހާބު އޮޅުވައެއް ނުލެވޭނެއެވެ. އޮޅުވައެއް ނުވެސްލާނެއެވެ. ހަސަނުމެން އިސްވެތިބިއިރު އެމްޑީޕީގެ އިންތިހާބުތައް އޮޅުވާލެވުނުހެން އޮޅުވާލެވުނު ޒަމާން ހިނގައްޖެއެވެ. އެކި ޒާތުގެ މައްސަލަ އުފައްދާ ދޮގުވާހަކަ ފަތުރައިގެން މެންބަރުން ނުތަނަވަސް ކުރުވަން ހަސަނުމެން ތިޔަ އުޅެނީ ކާމިޔާބު ކުރެވޭ ވަރުގެ ތާއީދެއް ނެތީމައެވެ. 

    އެންމެ ފަހުން ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބުގައި ފާހަގަ ވެއްޓޭތީ ވެސް މީހަކު އުޅުނެވެ. ވޯޓު ކަރުދާސް ޗާޕްކުރި ޗާޕްހަނާ ވެސް އޭރު އޮތީކުށް ވެރިވެފައެވެ. ފާހަގަ ވެއްޓޭތީ ކޯޓަށް ގޮސްގެން ވެސް ވީކަމެއް ހަރާމެވެ. ހަމައެހެން ނަޝީދަށް އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ އިންތިހާބު އޮޅުވާލިއްޔޭ ހަސަނުމެން ނުކިޔާނެ ގޮތެއް ނުއޮންނާނެއެވެ. ހަގީގަތަކީ އިންތިހާބެއްގައި ކޮންމެސް މީހަކު ބަލިވާނެއެވެ. އެއްޔަކީ އޮޅުވާލައިގެން ވާކަމެއް ނޫނެވެ. މަގުބޫލުކަން ކުޑަވެގެން ވާކަމެކެވެ.

    ]]>
    Fri, 27 Jan 2023 17:34:04 +0500 ހީރަސް
    ބަޅުރުއް ޕާޓީގެ ގޮނޑިކޮއްކޮ އަކަށް ނަޝީދު! https://heerasnews.com/960 https://heerasnews.com/960 އަންތަރީސް ވާހާވެއެވެ. މި ހުރިހާ ދުވަހު އުޅުއްވީ ޕީޕީއެމް މީހުންނާ މަސްހުނިވެ ވަޑައިގެންނެވެ. ބޭއްވެވި ހުރިހާ އެއްވުމަކަށް ގިނަ އަދަދެއްގެ ޕިޕީއެމް މީހުން އެއްކުރައްވާ ކޮނޑާ ކޮނޑު ޖައްސަވާ އުޅުއްވީ ކުޑަވެސް ހާސް ކަމެއް ކަންބޮޑުވެ ވަޑައިގަތުމެއް ނެތިއެވެ. 

    ހަމަ ކުއްލިއަކަށް ރަޢީސް ނަޝީދަށް ވެވަޑައި މިގަތީ ކިހިނެއް ހެއްޔެވެ. ރިޔާސީ ޕްރައިމަރީ ކެންޕޭން ނިންމެވުމަށް މާލޭގައި ބޭއްވެވި އެއްވުމަށް މާ ގިނައެއްކޮށް ޕީޕީއެމް މީހުން ގޮސް ތިބެގެން ދެފައިންޕުޅު ތުރުތުރު އަޅުއްވާ ބައްދަލުވުން ދޫކުރައްވާ ވަޑައިގަންނަވައިފިއެވެ. 

    ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް އެ މަނިކުފާނަށް ނެތް ކަމަށް އެމްއެންޑީއެފުން ކަށަވަރު ކޮށްދީދީ އޮއްވާ ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވުމަކީ ކެންޕޭނުގެ ކޮންވައްތަރެއްގެ ސްޓަންޓެއް ހެއްޔެވެ. މިއަދު ހަވީރު އުޅުއްވީ އެއްވުން ކެންސަލް ކުރެއްވި ކަމަށް ބުނާ މެސެޖްތަކެއް އީވާގެ ނަމުގައި މީމީހުނަށް ދިޔަކަމަށް ހައްދަވައިގެންނެވެ. ކުށްވެރި ކުރެއްވީ އުރީދޫއާއި ޓެލްކޮން އޮތޯރިޓީއެވެ. އެފާޑުގެ ނުއުފަންނަ ކަންކަން އުފަން ކުރުވައިގެން ތިޔައުޅުއްވަނީ ކޮންބައެއްގެ ހަމްދަރުދީއެއް ހޯއްދަވަން ހެއްޔެވެ.

    ތިޔަހެން ތިޔަ ކުޅުއްވާ ޗަރުކޭސް ދިވެހިން ނިކަން ރަނގަޅަށް ދަސްކޮށްފިއެވެ. ބޮޑުތަނުން ފޭލިވެ ވަޑައިގަންނަވާނެ ކަން އެނގިވަޑައިގަންނަވާ އިރު ރައީސް ނަޝީދު ތިޔަ ޖައްސަވަނީ ކޮން ސަކަރާތެއް ހެއްޔެވެ. ޕާޓީ މަގުމަތިވެ ޕާޓީއަށް އޮތް ވެރިކަން ގެއްލުމުގެ ކުރިން ހަމަ ބިމަށް ތިރިވެ ވަޑައިގެން ޕާޓީގެ މެޖޯރިޓީ ރޫހަށް ބޯލަންބަވައިގެން ގުޖަޑު ނުހައްދަވާ ހުންނަވަން ވެއްޖެ ނޫންތޯއެވެ. ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވާޑައިގެން 2023 އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވަން ނިކުނަނަވާން ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. އެމްޑީޕީ ބައިބައިކުރައްވައިގެން ޔާމީނަށް ވެރިކަން ހޯއްދަވާ ދެއްވައިގެން އަމިއްލަފުޅަށް އަރުވާލެއްވެން ބޭނުންފުޅީތޯއެވެ. މަޖިލިސްގެ ރައީސްކަމާއި ޖޭއެއްސީގައި މިހާރުވެސް ތިޔައިންނެވެނީ އެމްޑީޕީން ބައިންދަވާތީ ނޫންތޯއެވެ. އީވާއާއި ހަސަން ލަތީފާއި ވައްޑެފަދަ ބޭބެފުޅުންގެ އަވާގައި ޖެހިވަޑައިގެން ޕާޓީ ބައިބައި ކުރައްވަން ނޫޅުއްވާން ވެއްޖެ ނޫންތޯއެވެ. 

    އެއްލަކިން އެމްޑީޕީގެ ސިޓިންގ ޕްރެޒިޑެންޓަށް ދެވަނަ ދައުރު ހޯއްދަވާ ދެއްވާން ނިކުންނަވަން ކެރިވަޑައި ނުގަންނަވަހާ އަމިއްލަފުޅު ބޮޑި ބޮޑުކުރައްވަން މިހާރަކު ތިޔަ އުޅުއްވަނީ ކޮންފަދަ ކަމެއް ލައިގަތީތޯއެވެ. ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވަން ރައީސް ސާލިހު އެކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލުން ނުދެއްވޭހާ މަވެތިވެ ވަޑައިގަތީ ކޮން އިރަކުތޯއެވެ.

    އެމްޑީޕީގެ އަދާވާތްތެރިޔާ ޔާމީނު ދުވަހަކު އެމްޑީޕީއަކަށް ރައީސް ނަޝީދަކަށް ހެވެއް ނޭދޭނެއެވެ. ބަޅުރުއް ޕާޓީގެ ގޮނޑިކޮއްކޮ އަކަށް ވެވަޑައިނުގެން އެމްޑީޕީގެ މެޖޯރިޓީ މެންބަރުންގެ އިހުސާސަށް އިހުތިރާމް ކުރައްވާ ފަހަތަށް ޖެހިވަޑައިގަތުމަށްވުރެ މޮޅުއެއްވެސް ގޮތެއް ނެތެއް ނޫންތޯއެވެ. 

    ]]>
    Thu, 26 Jan 2023 23:57:11 +0500 ހީރަސް
    އެމްޑީޕީގެ ރައީސް ޕީޕީއެމްއަށް ރިފޯމްވެފާ! https://heerasnews.com/917 https://heerasnews.com/917 ޑާއާރުޕީން އަލީ ވަހީދާއި އަލްހާނު ގެނެސް އެމްޑީޕީގެ އިސްސަފުން ޖާގަދެއްވާ އެމްޑީޕީގެ ތަޅު ދަނޑި ޑީއާރުޕީއަށް ދެއްވީ ރައީސް ނަޝީދެވެ. ޑީއާރުޕީގެ ޒައީމްގެނެސް ބޮޑު ގޮނޑީގައިވަޑުވާ މައުމޫނިޒަމް އެމްޑީޕީގެ ތެރެއަށް ވައްދަވާ "ތިޔައީ ޒައީމެ ލޮބުވެތި ދިވެހި ގައުމު ފަހުރުވެރިވާ" ލަވަ އެމްޑީޕީ މީހުން ލައްވާ ކިޔުއްވީ ވެސް އެމްޑީޕީގެ ރައީސެވެ. މުޅި އެމްޑީޕީގައި އަބްދުﷲ ޝާހިދު ވަރުގެ ބޭފުޅެއް ނެތިގެން އެމްޑީޕީގެ ރިޔާސީ ޓިކެޓް ޝާހިދަން ދެއްވަން ލޮބީ ކުރައްވާ ހެއްދެވީވެސް އެމްޑީޕީގެ ރައީސް ނަޝީދެވެ. ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެން އެމްޑީޕީއަށްޓަކާ ޖާނާ މާލުން ގުރުބާންވެ ވަޑައިގަންނަވާ އެތައް ބޭފުޅުންނަށް ކުޑައިމީސް ކުރައްވާ ޕާޓީ ފަސާދައިގެ ތެރެއަށް ވައްޓަވާލެއްވީ ވެސް ރައީސް ނަޝީދެވެ. ދުވަހަކު ވެސް ކަމެއްގައި އިބޫ ސާލިހާ ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވީ ވެސް ރައީސް ނަޝީދެވެ. އެވަގުތަކު ސިޔާސީ މަންފާއެއް އަމިއްލަފުޅަށް ހޯއްދެވޭނެ ގޮތަކީ މީހެއްގެ އަނބުރު ކަތިލެއްވުން ކަމަށް ވިޔަސް އެކަމެއް ކުރައްވަން ރައީސް ނަޝީދު ފަސްޖެހި ވަޑައެއް ނުގަންނަވައެވެ. 

    ކުރިއްސުރެ ކުރިއަށް ނެރުއްވާ ޕްރަމޯޓްކުރެއްވި ފިކުރާ ދެކޮޅަށް ކޮންމެ ކަމެއް ވެސް ކުރައްވަން ރައީސް ނަޝީދު ނުބައްލަވައެވެ. އެމްޑީޕީގެ މުޅިފަލްސަފާއާ ހިލާފަށް އަމިއްލަފުޅު މަސްލަހަތުގައި ނުކުރައްވާނެ އެއްވެސް ކަމެއް ރައީސް ނަޝީދުގެ ނެތެވެ. އެމީހަކާ ދިވެހިވެރިކަމާ ނުބައްސަން ބުނެ ބޮޑުތަނުން ފެއިލްކޮށްލާފައި ހުންނެވި ކުރީގެ ރައީސް ޔާމީނުގެ އެންމެ ވިސްނުންފުޅެއްނޫން ހުރިހާ ވިސްނުންފުޅެއް ރައީސް ނަޝީދަށް މިހާރު ކަމު ހިނގައްޖެއެވެ. ރައީސް ޔާމީނަކީ ތަސައްވުރު ހުރި ތައުލީމީ ތޫނުފިލި މޮޅު ބޭފުޅަކަށް ރައީސް ނަޝީދަށް ވެވަޑައިގެންފިއެވެ. އިންޑީއާ އައުޓު ހުއްޓާލައިފި ނަމަ ރައީސް ނަޝީދަށް ޕީޕީއެމްވަރެއް މިހާރަކު ނެތެވެ. 

    އެމްޑީޕީގެ ރައީސްގެ މިހާރުގެ ހާލުކޮޅަކީ އެއީއެވެ. ޕީޕީއެމްގެ ފަސްބައިގައި އެލިވަޑައިގެން ވެސް ރައީސް ނަޝީދު ބޭނުންފުޅު ވެވަޑައިގަންނަވަނީ އެމްޑީޕި ސަރުކާރެއް އުފެދުނަ ނުދެއްވުމެވެ. އެ މަނުކުފާނަށް ވެރިކަން ފަހިނުވާ އެއްވެސް ގޮތެއް އެމްޑީޕީގެ ތެރެއިން ފެނިވަޑައިގަންނަ އިރަށް އެމްޑީޕީގެ އެހެން މީހަކު ވެރިކަމަށް އަޔަ ނުދެއްވުމަކީ އެމަނިކުފާނުގެ އަމާޒަށް އޮންނަްނީ ވެފައެވެ. ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުން ވެސް އެމްޑީޕީގައި ވެރިކަން އޮތުމަށްވުރެ ރައީސް ނަޝީދުގެ ހިތްޕުޅަށް ތަސައްލީ އަކަށްވެއެވެ. 

    ]]>
    Mon, 16 Jan 2023 16:18:17 +0500 ހީރަސް
    ޔާމީނު ނެތް ތަނުގައި ޕީޕީއެމަށް ލަފާދޭ މުޝީރަކީ އަންނި! https://heerasnews.com/908 https://heerasnews.com/908 މިވެރިކަން ފެށުނީއްސުރެ އަންނި ކުރީ ދެވަނަ ދެކަމެއް ނޫނެވެ. އެމްޑީޕީ ފޭލިކޮށްލަން ކުރެވެން އޮތް ކަމެއް ކުރުމެވެ. އެމްޑީޕީ އިސްވެ އޮވެ އުފެއްދި ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް މަރުފަލިޖެހިއެވެ. މަޖިލީހުގެ މެޖޯރިޓީ ނުހަމަ ގޮތުގައި ބޭނުންކޮށްގެން ސަރުކާރު ޕެރެލައިޒް ކޮށްލަން މަސައްކަތް ކުރިއެވެ. ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި ކޮރަޕްޝަނުގެ ފަނި ސަރުކާރުގެ ތެރޭގައި އެޅުވިއެވެ. ކަންކަން ގޯހުން ގޯހަށް ދުއްވާލާ ގޯސްކުރި ކަންކަމުގެ ވާހަކަ އާއްމުކޮށް ދައްކާ ރައްޔިތުންގެ އިތުބާރު ކަނޑުވާލަން ހައުދަހައި ޗަރުކޭހެއް ކުޅުނެވެ.

    ލޯކަލް ކައުންސިލް އިންތިހާބުގައި މަޖިލިސް ލައިވް ކޮށްގެން ތިބެ މި ބައިމީހުން ރެޔާ ދުވާލު ކުރި އެންޓި ކެމްޕޭނުގައި މާލެ ސިޓީ އެމްޑީޕީއަށް ގެއްލުވާލާ އައްޑޫސިޓީ ކައުންސިލް އޮތީ ގަޑު ބަޑު ކޮށްފައެވެ. ދެން މިނުކުތީ ރިޔާސީ އިންތިހާބު ހަލާކު ކުރާށެވެ. 

    އަންނިގެ ބޮލަށް ރޮޒޭނާ، އެއް ކިހިއްޔަށް ތަސްމީނު، އަނެއް އުކުޅަށް ނާޝިޒު،  ދެން  އޮތް ތަނަކަށް ޝާހިދާއި އަލީ އާޒިމް ލައިގެން ގެނެސް  އެމްޑީޕީ ސްޓޭޖަށް އެރުވި ދުވަހު އެވަރުގެ އެމްޑީޕީ ބަޔަކު ނެތެވެ. އަންނިއާއި ފެއަށް ޖެހޭ އިރަށް އެޖެހޭ މީހާ އެއީ އެވެނި މިވެނި މީހާއަށް އެބަ ހަދައެވެ. އަލީ ވަހީދެއް އަލްހާނެއް، ހައަނގަ ޖަމީލެއް ގާސިމެއް މައުމޫނެއް ކިޔާނެ ކަމެއް ނެތެވެ. އަންނި ބޭނުންވީމާ ޝައިތޯނާ އާ ވެސް ކޯލިޝަން ހަދަންވީ އވެ.  

    މިހާރު ނިކަން ދެކިބަލާށެވެ. ޔާމީނުގެ ވަފާތެރި ގާތް މީހުންނާ ނޫސްތަކުން އަންނި ޕްރޮމޯޓް ކުރަނީ އެމްޑީޕީ މީހުން ވެސް ނުކުރާ ވަރަށެވެ. މަޖިލިސް ތެރޭގައި ވެސް ނައިފަރު ސިޔާމާއި ފިނިފެންމާ ސައީދާއި ދަތްދޮޅި އާދަނާއި އަންނި ދައްކަނީ އަމަށަކު ފުއްކުދި ވާހަކަ ތަކެއް ނޫނެވެ. އެ ވާހަކަ ތަކުގެ މެދުތެރޭން ކުއްލި އަަކަށް ފެނުނީ 2 އަކުރު އޮޅިގެން ސުޕްރީމް ކޯޓުން ޔާމީނު ދޫކޮށްލި ތަނެވެ. ޕީޕީއެމް މީހުން އަންނި ދެކެ މިހާރު އެހާ ރުޅިއެއް ނާދެއެވެ. ޔާމީނު ނެތް ތަނުގައި ޕީޕީއެމަށް ލަފާދޭ މުޝީރަކީ މިހާރު އަންނިއަށްވުން ވަރަށް ގާތެވެ. 

    އެނގޭ ހެއްޔެވެ. ރެޑްވޭވް ސަލީމާއި ގައްސާނު މައުމޫނާއި ދަތްދޮޅި އާދަނާ އިންތިއާއި ހަސަންކޮމެން އިހަށް ރެއަކު އަންނިއާއެކު އެކުރީކީ އަމަށަކު ސައްލާއެއް ނޫނެވެ. މި ހުރިހާ ކަމެއްގައި އަތްޖަހާ ފޯރިދޭން އަމިއްލަ ސިކުނޑި ގޭގައި ބާއްވައިގެން ނުކުމެ އުޅޭ މީހުން އެބަފެނެއެވެ. 

    ]]>
    Fri, 13 Jan 2023 16:33:40 +0500 ހީރަސް
    ކޯޓުގައި ނެތް މައްސަލައެއްގެ ވަކީލުންނެއް ނުތިބޭނެ https://heerasnews.com/903 https://heerasnews.com/903 ޝަރީއަތުން ބަލާ މައްސަލައެއްގެ ހުކުމް އިއްވާ ހުލާސާ ބަޔާން ހަސްމުންނަށް ހަވާލު ކުރުމުން އެމައްސަލައެއް އެ ނިމުނީއެވެ. ތަފްސީލީ ބަޔާން ހޯދުމަކީ މައްސަލައިގައި ހިމެނޭ ހަސްމެއްގެ ކަމެކެވެ. އެ ހަސްމަކަށް ތަފްސީލީ ބަޔާން ހޯދަން ކޯޓަށް ހާޒިރުވެވެން ނެތް ހާލަތެއްގައި އެކަން ކުރުމަށް ބަދަލުގައި މީހަކު ހަމަޖައްސާ އެކަމާ ގުޅިގެން އޮންނަ އިޖުރާތާއި އެއްގޮތަށް އެ ހަސްމަކު އެދުމުން ތަފްސީލީ ބަޔާން ކޯޓުން ދޫކުރާނެއެވެ.

    މައްސަލައެއް ކޯޓުގައި ހިނގަމުން ދިޔައިރު ދިފާއީ ވަކީލުން ގޮތުގައި ހަސްމަކު ހަމަޖައްސާފައި ތިބޭ ވަކީލުންގެ ދައުރު ހުކުމްކޮށް ހުލާސާ ބަޔާން ހަވާލުކުރާ ހިސާބުން ނިމޭނެއެވެ. ކޯޓުގައި ނެތް މައްސަލައެއްގެ ދިފާއީ ވަކީލުންނެއް ވެސް ނުތިބޭނެ ނޫން ހެއްޔެވެ. އެހެން ނޫނަސް މައްސަލަ ހިނގަމުން ދިޔައިރު ދީފާއީ ވަކީލުންގެ ގޮތުގައި ތިބި މީހުން އެ މައްސަލައާއި ގުޅުން ހުރިކަމެއްގައި އިތުރަށް ބޭނުން ކުރަން މައްސަލައިގެ ހަސްމު ބޭނުން ވާކަން ނުވަތަ ނުވާކަން ކޯޓަށް އެނގެނީ ކިހިނެއްހެއްޔެވެ. މައްސަލައިގެ ހަސްމު އެ ވަކީލުންނަށް ހުލާސާ ރިޕޯޓު ހިއްސާ ކުރަން ބޭނުން ނުވެވެސް ދާނެއެވެ. އެކަމަށް އަލުން އެދި ހަސްމު ނުބުނަނީސް އިރެއްގައި ދިފައީ ވަކީލަކަށް އުޅުނީތީ އެ މީހަކަށް ހަސްމެއްގެ ޒާތީ ލިޔުމެއް ދޫކޮށްގެން ކޮންމެ ފަދަ ނުބައެއް ވެސް އުފެދި ދާނެއެވެ. ހަސްމު އެކަމަށް ނޭދެނީސް ނިމިފައިއޮތް މައްސަލައެއްގެ ރިޕޯޓް ދޫކޮށްގެން އުފެދިދާނެ މައްސަލައެއްގެ ޒިންމާ ކޯޓުން ނަގާކަށް ނުޖެހެއެވެ.

    ރައީސް ޔާމިނެއް ކަމަކު އެކަންވާނީ އެހެނެވެ. ރައީސް ޔާމީނުގެ މައްޗަށް އުފުލުނު މައްސަލަ ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓް ރައީސް ޔާމީނު އެކަމަށް އެދިވަޑައިނުގަންނަވަނީސް ކޯޓަކުން ބަޔާނެއް ދުލެއް ނުކުރާނެއެވެ. ކުރެވިގެންވެސް ނުވާނެއެވެ. ދަރިއަކަށް އަންބަކަށްވެސް އެފަދަ ލިޔުމެއް ކޯޓުން ދޫކުރާނީ އެކަމަށް އެދި އެލިޔުމެއްގެ ހައްގު އޮތްފަރާތުން އެހެން ފަރާތަކަށް އެލިޔުމެއް ދޫކޮށްދޭން އެދިގެންނެވެ.

    މީހަކު ނިސްބަތްވާ ރަށަކުން އާއިލައަކުން ޕާޓީއަކުން އެދުނަސް މައްސަލައެއްގެ ތަފްސީލީ ރިޕޯޓެއް ކޯޓަކުން ދުލެއް ނުކުރާނެއެވެ. ދަށު ކޯޓުން ކުރި ހުކުމާ ހިތްޕުޅާ ނުވެގެން އިސްތިއުނާފް ކުރައްވަން ރައީސް ޔާމިނު އައްޔަނު ކުރައްވާނެ ވަކީލުންނަކީ ދަށު ކޯޓުގައި ދިފާއީ ވަކީލުކަން ކުރެއްވި ބޭފުޅުންނަށް ވެސް ނުވެދާނެ ނޫން ހެއްޔެވެ. އެނގޭ ކަމަކީ މައްސަލައެއްގެ ހުކުން އިއްވުމަށް ފަހު އެ މައްސަލައެއްގެ ވަކީލުން ނުތިބޭނެކަމެވެ. މަތިހަށި ނަގާފައި ބަޔަކު ކޯޓަށް ގޮސް ތިމަންނަމެންމީ ދިފާއީ ވަކީލުންނޭ ބުންޏަސް އެކަމެއް ކޯޓަކަށް ނޭގޭނެއެވެ.

    ނިމިފައިވާ މައްސަލައެއްގެ ލިޔުމެއް ހޯދަން ބޭނުންވާ މީހާ އެކަން ވަކި މީހަކާ ހަވަލުކުރިކަން އަންގާ އިޖުރާއީ ހަމަތަކުން އެ ކަމަށް އެދިގެން ނޫނީ ޝަރުއީ ލިޔެ ކިޔުމަކީ މީހަކު ބޭނުން ވެގެން ދާއިރަށް ލިބޭ އެއްޗެއް ނޫނެވެ. މީހަކު ގޮސް ހަމަ ބުނެލާ އިރަށް ތިމާއާއި ގުޅުމެއް ނެތް މައްސަލަތަކާ ބެހޭ ލިޔުންތައް ލިބެންޏާ އަދުރޭގެ ޓިނު މައްސަލައިގެ ތަފްސީލް ބުނެލާ އިރަށް މިހާރު ވެސް މަށަށް ލިބޭނެތާއެވެ.

    ]]>
    Thu, 12 Jan 2023 16:39:13 +0500 ހީރަސް
    ކުރީގެ ރައީސުންގެ ދެލިފޭލި އުފުލުމަކީ މުސީބާތެއް https://heerasnews.com/896 https://heerasnews.com/896 ރާއްޖެއަކީ ހާދަހާވާ ހައްގު ބޮޑު ތަނެކެވެ. ކޮންމެ މީހެއްގެ ހައްގު ބޮޑުވެގެން އަތްގުޅި ނުކައެވެ. ވަކި ކަހަލަ ކަމެއް ކުރާ ވަކިބައެއް ވީމާ ކޮންމެ ކަމެއް ކުރިޔަސް ހެޔޮތާއެވެ. ލިބޭ ހައްގާއެކު ޒިންމާތަކަކާއި ވާޖިބުތަކެއް އިންތިޒާމުތަކެއްގެ މަތިން އުފުލަން ޖެހޭކަން ދެނަ ހުރި އެކަކު ވެސް ހައްގުގެ ވާހަކަ ނުދައްކައެވެ.

    މިހާރަކަށް އައިސް މާ ބާރަކަށް ދައްކާ އެއް ވާހަކަ އެކެވެ. ރާއްޖޭގައި ރައީސްކަން ކުރާ މީސްމިހުން ވެރިކަމުން ފޭބުމުން ނުވަތަ ބޭލުމުން ޖަލަށް ދާން ޖެހޭ ސަގާފަތެއް އަށަގަންނަ ވާހަކައެވެ. ރައީސްކަން ކުރިޔަސް އެހެން ކަމެއް ކުރިޔަސް ޖަލަށް ދާން ނުޖެހޭ ގޮތަށް އެކަމެއް ކުރާނަމަ އެކަމަކަށް ފަހު ޖަލަކަށް ދާކަށް ނުޖެހޭނެ ނޫން ހެއްޔެވެ.

    ރައީސްކަން ކުރުމަކީ އެ މީހެއްގެ މައްޗަށް ކަމެއް ތުހުމަތު ކުރެވިއްޖެ ނަމަ ތަހުގީގުކޮށް ޝަރީއަތްކޮށް ކުށް ސާބިތުވެއްޖެ ނަމަ އަދަބު ނުދިނުމަށް އޮތް ލައިސަންސެއް ނޫނެވެ. ވެރިކަމުގައި ހުރެ ގައުމު ދަވާލާ ތިޖޫރީ ހުރިތާ ވަޅުގަނޑު ވެސް ނުހުންނަވަރު ކޮށްލާފައި ފޭބުމުން ވެސް ރައީސްކަން ކުރީތީ ދެފުށުން ފިރުމަން ވީހެއްޔެވެ. ފުށްޖައްސައި އަތަރުލައި ދުންބުރުވަން ވީހެއްޔެވެ. ދައުލަތުން މުސާރައާއި އިނާޔަތާދީ ބާނދީން ލައިގެން ހަރު މުދަލެއްގެ ގޮތުގައި ބަލަހައްްޓަން ވީހެއްޔެވެ.

    ކޮންމެ މީހަކަސް އެ މީހަކު ކުޅަކަމެއްގެ ރަހަ ދެކެން ޖެހޭނެއެވެ. ރައީސްކަން ކޮށްފައި ތިބޭ މީހުން އެ މީހުން ކުރިކަމަކާ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ދައުލަތުން އުފުލަން ޖެހޭ ކޮންމެ ބުރައެއްގެ ޒިންމާ އެ މީހަކު ނަގަން ޖެހޭނެއެވެ. ކުރާނެ ކަމެއްކޮށް ހަދާނެ އެއްޗެއް ހަދާފައި ދައުރު ނިންމާ ހީގަނެގެން ހުންނަ ފާޑުގެ ސަގާފަތެއް ގައުމުގައި އަށަގަތުމަކީ ވެރިކަމަށް އަރާ ކޮންމެ މީހަކު ދައުލަތް އިރާކުދިކޮށް ނޮޅާކާން ދޭ ތަޅުދަނޑިއަކަށް ނުވެ ނުދާނެއެވެ.  

    ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި ކުރީގެ ރައީސުންނަށް ކުރާ ހޭދަ މިހާރު ވެސް ދައުލަތް ހިންގާ މީހާއަށް ވުރެ ފުކެއް ކުޑައެއް ނޫނެވެ. މިދާވަރުން ކުރީގެ ރައީސްގެ އިނާޔަތް ދީގެން ކިތަކަށް މީހުން ކޮންމެ ޖީލެއްގައި ދައުލަތުން ބަލަހައްޓަން ތިބޭނެ ބާވައެވެ. ރައީސްކަން ކުރާ މީހަކު ރައީސްކަން ކުރަނީ އެމުއްދަތުގައި ދައުލަތުން މުސާރަޔާ އިނާޔަތް ނުލިބިއެއްނޫނެވެ. ކުށްވެރި ނުވެ ރީތި ގޮތުގައި ވެރިކަން ކޮށް ނިންމަލާ މީހަކަށް ޝަރަފާއި ރަމްޒީ އިހުތިރާމް އަދާ ކުރުމަކީ ގޯހެއް ނޫނެވެ. އެހެނަސް ދައުލަތަށް ބަލަދު އެރުމަކީ ބޮޑު ގޯހެކެވެ. އާނއެކެވެ. ކުރީގެ ރައީސުންގެ ދެލިފޭލި އުފުލުމަކީ ބޮޑު މުސީބާތެކެވެ.

    ]]>
    Tue, 10 Jan 2023 21:00:58 +0500 ހީރަސް
    ޓޮމް ފޮނުއަރުވަނީ ހައްޔަރު ކުރަން ބޭނުން ވާލެއް ބޮޑުކަމުން https://heerasnews.com/827 https://heerasnews.com/827 ޔާމީނަށް ޖަލުހުކުމް ހައްގު ކަމަށް ޕީޕީއެމް-ޕީއެންސީގެ އިސް މީހުން ކަނޑައަޅައިފިއެވެ. ހޮދު ޔާމީނު ވެސް އޭނާއަށް ކުށުން ބަރީއަ ނުވެވުނު ކަމަށް ނިންމައިފިއެވެ. މޯދީ ބޭނުމިއްޔާ ޖަލަށްލާނެ ކަމަށް ބުނެ އަމިއްލައަށް ޖަލު ހުކުމް ހައްގު ކަމަށް ރޭގައި އެންޑޯސް ކޮށްފިއެވެ.

    ޔާމީނު ޖަލަށްލާން ޖެހޭ ކަމަށް އެންމެ ބޮޑަށް ގަބޫލު ކުރާ އެކަކީ މަހިބަދޫ ދައިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) އެވެ. ތާރިގު ދެކޭ ގޮތުގައި ޔާމީން މައްޗަށް ޖަލު ހުކުމެއް އަޔަސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނު ވާދަ ކުރާނެއެވެ. ކިތަންމެ މުއްދަތު ދިގު ޖަލު ހުކުމެއް ޔާމީނަށް އަޔަސް ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަ ކުރުމަށް އެއްވެސް ހުރަހެއް ޔާމީނަށް އޮތް ކަމަކަށް ޓޮމް ނުދެކެއެވެ. ސުޕްރީމް ކޯޓުގައި ހުކުމަށް ނިހާއީ ސިފަ ނުލިބޭ ހިނދެއްގައި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެވޭނެ ކަމަށް ބުނެ ބަޔާން ނެރެނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. 

    ރަންކޮޅާ ޓޮމާއެވެ. އިހުލާސްތެރި ކަމެއް ހުރެގެން ތިޔަ ދައްކާ ވާހަކައެއް ދައްކާ ނަމަ އަދި ތިޔަ އުޅެވެނީ ހުވަފެނެއްގައެވެ. މެރެޑޯނާ އަތުން ޖެހި ގޯލަކުން ވޯލްޑްކަޕް ހޯދިހެން ސްޕްރީމް ކޯޓުން ދެ އަކުރުގެ އަރާރުމަކުން ޔާމީނަށް މައްސަލަ އަކުން ބޯ ދަމައިގަނެވުނަސް ހުރިހާ މައްސަލައެއްގައި އެހެން ވާނެ ކަމަށް ހީވަނީ ހެއްޔެވެ. ތިޔައީވެސް ގޮތެކެވެ. ވ. އާރަށު މައްސަލާގައި ޔާމީނަށް ސަލާމަތް ނުވެވޭނެކަން ތިޔަ ގަބޫލު ކުރަނީ މާއަވަހަށެވެ. އަދި ހުކުމް ކުރީއެއްވެސް ނޫނެވެ.

    ޕީޕީއެމް ރިޔާސީ ޓިކެޓަކީ ޔާމީނު ވައްކަން ނުކުރާ ކަމަށް އޮތް ހުއްޖަތެއް ނޫނެވެ. ރިޝްވަތާއި މަނީލޯންޑަރިންގ ގެ ކުށް ޔާމީނަށް ސާބިތު ވެއްޖެނަމަ ރިޔާސީ ޓިކެޓް ޖެހޭނީ އޮޅާލާށެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި ވަގުންނަށް ރައީސްކަމަށް ވާދަ ކުރާކަށް ޖާގައެއް ނޯވެއެވެ.

    ޔާމީނަށް ޖަލު ހުކުމް ނައިސްގެން ޓޮމްމެން ތިޔަ އުޅެނީ ހާދަ ވަރަކަށެވެ. ޔާމީނު ސަލާމަތުން ހުރުމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ނުލިބިގެން ތިޔަ އުޅެނީ ކާކަށް ހެއްޔެވެ. މުއިއްޒާއި ޝަހީމާއި ވަހީދާއި ޖަމީލުވެސް އެތިބެނީ ދަނޑިވަޅު ބަލަބަލާ ވިއްޔާއެވެ. ޔާމީނު ޖަލަށް ލިޔަސް ޓިކެޓާ ނުހިފަން ވަސިއްޔަތް ކުރި އަޑު އަހައިގެން ނިހާއީ ހުކުމޭ ސްޕްރީމް ކޯޓޭ ނުކިޔާ ޔާމީނަށް ވާގޮތެއް ބަލަން ތިބެބަލާށެވެ.

    ޔާމީނަށް ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ތިޔައިން އެކަކުވެސް ޔާމީނު ސަލާމަތް ކުރަން އެއްކަމެއް ކުރާނީއެއް ނޫނެވެ. ނޫސްބަޔާން ނެރެ ފޮނު އަރުވަނީ ޔާމީނު ހައްޔަރު ކުރަން ބޭނުން ވާލެއް ބޮޑުކަމުންނެވެ.

    ]]>
    Sat, 24 Dec 2022 12:59:57 +0500 ހީރަސް
    ސިވިލް ސަރވިސް ބޭނުން ކޮށްގެން ފަސާދަ އުފެއްދުން https://heerasnews.com/801 https://heerasnews.com/801 ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ނާޖާއިޒު ފައިދާ އިދިކޮޅުން ފިސާރި ރަނގަޅަށް އެބަ ނަގައެވެ. ދުރާލާ ރާވައިގެން ދައުލަތުގެ މުއައްސަސާތައް ފާލުން ނައްޓާލުމަށް ގިނަ މަސައްކަތް ތަކެއް ޔާމީނު އެބަ ކުރުވައެވެ. ކުރިއްސުރެ ސަރުކާރު އޮފީސް ތަކުގައި ތިބި ޔާމީނުގެ ވަފާތެރިން އެ މަސައްކަތް ޔާމީނަށް ކޮށްދެނީ ނިކަން ހީލަތްތެރި ގޮތަކަށެވެ.

    ސިވިލް ސަރވިސްގެ މުއައްޒަފުންގެ ގޮތުގައި ތިބި ބަޔަކު ބޭނުން ކޮށްގެން ޔާމީނު ވަރަށް ބޮޑެތި ފިތުނަ ފަސާދަ އުފައްދާ ކަންކަން ލަސްކޮށް ފަސްކޮށް ރައްޔިތުންނަށް ދުއްޕާ ކުރުވަނީ ހައްދެއް ނެތް މިންވަރަށެވެ. ކުރިއްސުރެ ހަލުވިކަމާއެކު ދެވެމުން ދިޔަ އެތައް ހިދުމަތެއްގެ ބުރަކި ޖައްސާ ދިގު ދެންމުމުގައި މުއައްސަސާތައް އޮތީ ހައްދުން ނައްޓުވާފައެވެ. ދޮންކަޅު އަންގާނުލާ ސަރުކާރު ބަދުނާމު ވާހެން ކޮރަޕްޝަނާއި ފަސާދަ ހިންގުމުގައި ތިބީ އަތް އަނބުރާލާފައެވެ.

    ވަގުހަން ލައިގެން ފިލާ ތިބެ ރައްޔިތުންގެ ތެރޭގައި ނަފުރަތު އުފެއްދުމަށް ފޫގަޅައިގެން ތިބި އެތައް ޕާމަނަންޓް ސެކެރެޓަރީންނާއި ޑީޖީންނާއި ޑިރެކްޓަރުން ދައުލަތުގެ މުއައްސަސާ ތަކުގައި އެބަތިއްބެވެ. ފަސޭހަ ކަމާއެކު ކޮށްލެވެން ހުންނަ އެތައް ކަމެއްގެ ޕްރޮސީޖަރ ދިގުކޮށް މީހުނަށް އުދަނގޫ ވާހާ ގޮތް ގޮތަށް ބައްޓަން ކޮށްގެން ރައްޔިތުންނަށް ތަކުލީފު ޖެއްސުމަކީ މި ބައި މީހުން ރާވައިގެން ހިންގާ ބޮޑު ޖަރީމާއެކެވެ.

    އައިޑީކާޑާއި ޕާސްޕޯޓުން ފެށިގެން ނޫންކަމެއް ނެތެވެ. ކޮންމެ ކަމެއްގައި ބިއުރޯކްރަސީ ބޮޑު ކޮށްލައިގެން މުއައްސަސާ އަކުން ކަމެއް ކުރުމަކީ ވައިނުޖެހޭ ދުވަހެއްގައި ރިޔަލު ދޯންޏެއް ދުއްވަން އުޅުން ކަހަލަ ކަމަކަށް އޮންނަނީ ހަދާފައެވެ. އަޅުވާ ހަމަތަކުގެ ގިނަ ކަމުން ތަންދޮރު ނޭނގެއެވެ.

    މިސާލެއްގެ ގޮތުން ކުރެވޭ ކުދުކުދި ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. އެއްވިއުގަ އަކުން މުއައްސަސާތައް ގުޅާ ލެވިފައި އޮތަސް ކޮންމެ ކަމަކަށް އައިޑީ ކާޑްގެ ފޮޓޯ ކޮޕީއެއް އަދިވެސް ބޭނުން ވެއެވެ. ކަންކަމަށް އެދި ފުރަންޖެހޭ ފޯމް އޮންނަނީ ކަށްވަޅުގައި އޮތް މުނިކާފަގެ ސޮއި ވެސް ލިބިގެން ނޫނީ ފުރިހަމަ ނުވާ ހިސާބުގައެވެ. ކަމެއް ސާފުކޮށްލަން ޖަވާބު ދާރީ ވެވޭވަރުގެ މީހަކާ ފޯނަކުން ގުޅާ ނުލެވެއެވެ. މުއައްސަސާއެއްގައި ފޯނު ނަގާ ލޭންޑް ލައިނެއް ނުހުރެއެވެ. މިހެން ކިޔާފާ ނުކިޔާނެ އެއްކަމެއް ނޯވެއެވެ. ބޮޑު ކަމިޝަނެއް ހަދައިގެން ބަޔަކަށް ބޮޑު މުސާރަދޭ ސިވިލް ސަރިވިސްއެއް އޮތުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ.

    ވީޑިއޯ: ވޮއިސް

    ބިއުރޯކްރަސީއަށް ވުރެ ކުޑަނޫން މާ ބޮޑުކަމެއް ވެސް މުއައްސަސާތަކުގެ ތެރޭގައި އެބަ ހިގައެވެ. ބަސް ނޭހުމާ މުޒާހަރާ ކުރުމެވެ. ކަންކަން ބަލާން އޮންނަ އުސުލުތަކާއި ގަވައިދުތައް އެއް ފަރާތްކޮށް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން ހަގީގަތާ ހިލާފަށް ހިތުހުރި ގޮތަކަށް ނޫސްތަކަށް މުއައްޒަފުން މައުލޫމަތު ދިނުމަކީ އާއްމު ކަމެކެވެ. ވިސަލްބްލޯ އަކީ އުސޫލާ ހިލާފަތް މައުލޫމާތު ލީކު ކުރުމާއި ދޮގު ވާހަކަ ހީވާހާ ގޮތް ގޮތަށް ފެތުރުމަށް އޮތީ ހަދާފައެވެ.

    ކަމުގެ ނުރައްކާތެރިކަން އޮތް ވަރަކީ ދަރިންނަށް ތައުލީމާ ތަރުބިއްޔަތުދޭ މަދަރުސާތަކާއި އިންސްޓިއުޝަން ތަކަށް މި ނުރައްކާތެރި ޖަރާސީމް ވެއްދުމެވެ. މައްސަލަ ބަލަން ވަރުވަރުން މުއައްސަސާތައް ހުންނައިރު އެ ތަންތަނަށް ނުގޮސް އުދާސް ބޭރު ކުރަން މުޒާހަރާ ކުރާ ތަނަކަށް އެންމެ ފަހުން ސްކޫލުތައް ވެސް ހެދީއެވެ. މިހާވަރުން ދަންޏާ ހަތީބާ ދެކޮޅަށް މިސްކިތުގައި ވެސް މުޒާހަރާ ކުރާނެއެވެ.

    ސިޔާސީ ބާރު ހޯދަން ބޭނުން ވިޔަސް ޔާމީނެއް ކަމަކު އެ ހައްދަނީ ގޯހެކެވެ. ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް ކުރަން ނުވާވަރު ކަންކަން ކުރުމުން އިޔާދަ ނުކުރެވޭ ވަރުގެ ދެރަ ކަންކަމުގެ ގެއްލުން ޒަމާން ތަކަކަށް ދެމިގެން ދާކަން ތަޖުރިބާއިން ވެސް އެނގޭނެއެވެ. ޒިންމާދާރު އިދިކޮޅު ހަރަކާތަކީ ހެދުނު އެއްޗެއް ހަދައިގެން ވެރިކަމަށް އަންނަން އުޅުމެއް ނޫނެވެ.

    ]]>
    Wed, 14 Dec 2022 21:20:55 +0500 ހީރަސް
    އެމްއެމްޕީއާރުސީ ޗާގޯސް ވިއްކާލީތަ! https://heerasnews.com/619 https://heerasnews.com/619 މިލްކުވެރިކަމަށް ދައުވާ ކުރުމުގެ އައުލާކަން އެންމެ ބޮޑީ ދިވެހިންނަށް ނަމަވެސް ޗާގޯހަކީ ހިނބަޅިދޫއާއި އެކީ އެމްއެމްޕީއާާރުސީން ދޫކޮށްފައި އޮތް ރަށްތަކެއް ނޫނެވެ. 

    ކިތަންމެ ބޮޑު ހައްގެއް އޮތަސް، އެއީ ދިވެހިރާާއްޖޭގެ ސިޔާދަތީ ބާާރުގެ ދަށުގައި އެއް އިރެއްގައި ވެސް އޮތް ތަނެއް ނޫނެވެ. އަމުދަކުން ޗާގޯހެކޭ  ކިޔާ އަޑެއްވެސް ގިނަ ދިވެހިން އަޑު މި އަަހަނީ މިހަފްތާ ގައެވެ. އެކަހަލަ ގޮތަކަށް ނައިފަރު މީހުން ގޯހެކޭ ކިޔާ އަޑު އަހަމެވެ. 9 ވަނަ  ހަޞަން ރަސްގެފާނު އިސްލާމް ދީން ދޫކުރައްވާ ނަޞޯރާ ދީން ގަބޫލު ކުރައްވާ ދޮންމީހުންގެ ރުހުމުގައި ރަސްކަން ހޯއްދެވުމަށް ޑޮމް މެނުއެލްގެ ނަމުން ނަން ހޯއްދަވާ ކުރެއްވި ދައުވާގައި ދެކުނުގެ 3 އަތޮޅާ އެކު ފޯޅަވަހީގެ ވެސް ރަސްކަލަކީ އެއީ ކަމުގައި ވިދާޅުވިއެވެ.  

    ޗާގޯހަށްވުރެ ދިވެހިންނަށް މާފަރިތަ ނަންތައް އެބަހުއްޓެވެ. ފޮއްނެއްކާއަކާ، އަންޒަމާނު ކަރައަށް އެރި ވަޔަކާއި، މިނިކާރާއްޖެއާއި ފޯޅަވައްސާ އަދި  ތިޔަބުނާ ޗާގޯހަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް "ހިލާލި"ރަށްތައް ފަދަ ދިވެހި ރަސްކަމުގެ އަމުރު މައުރޫފް ހިނގި ތަނެއްކަން އެނގޭކަށް ނެތެވެ.  

    މާކުރީ ޒަމާނެއްގައި ފަރަންސޭސިންގެ އަތްދަށުން އިނގިރޭސިން އަތްގަދަކުރި ރަށްތަކެކެވެ. އެތާގައި އުޅުނީ އެމީހުންނަށް އަޅު މަސައްކަތް ކުރި ބައެެކެވެ. ދިވެއްސަކާ ވައްތަރު މީހެއްވެސް އެތާކު އުޅުނީ އެއް ނޫނެވެ.

    ދިވެހިންނާ ވައްތަރު މީހުން އުޅުނަސް ވައްތަރުހާ ބަޔަކު އުޅޭހާ ގައުމެެއް އެއީ ދިވެހިރާއްޖޭގެ ބަޔަކަށް ވާނަމަ މިޞްރަކީ ވެސް ރާއްޖޭގެ އެއްބައެވެ. ސަބަބަކީ މިސްރުގައި ބޮޑު ތެލީގައި ބަކަރި ރިހަ ކައްކަން  ހޮޓާ ތަކުގައި ތިބޭ ގިނަ ކައްކާއިން ފައިނު އާދަން ޝަރީފާ ވެސް ނުލާހިކު ވައްތަރިއްޔާއެވެ. އެއްޔަކީ މިސްރަކީ ދިވެހިރާއްޖޭގެ ބައެއް ކަމުގައި ވުމެއް ނޫނެވެ. 

    އިމުގެ ގޮތުން ގައުމުތައް ވަކިވެފައިހުރީ ދަމާލާކަށިނަރުގެ ފާރަކުންނެވެ. އެއް ފަރާތުގައި މިގައުމެވެ. އަނެއް ފަރާތުގައި އަނެއް ގައުމެވެ. ޖެހިފިތި ބާރުވެގެން އޮތުމަކީ އެއްގައުމަކީ އަނެއް ގައުމުގެ ބަޔަަކަށް ވުމެއްވެސް ނޫނެވެ. 

    ފަރަންސޭސިންގެ އަތްދަށުން އިނގިރޭސިންގެ އަތްދަށަށް އައި ޗާގޯސްގައި ތިބި އަޅު މަސައްކަތްތެރީން މޮރިޝަސްއަށް ގެންގޮސް އަޅާލީ މޮރިޝަސް ނޫން ގައުމެއް ދުނިޔޭގައި ނެތިގެންނެއް ނޫނެވެ. އޭރު މޮރިޝަސްއަކީ އިނގިރޭސިންގެ އަތްދަށުގައި އޮތް ޖަޒީރާ ގައުމަކަށް ވާތީއެވެ. ޖަޒީރާ ތަކެއްގައި ދިރިއުޅުނު ބަޔަކު ގެންގޮސް ވަޒަންވެރި ކުރުވަން ރަނގަޅުވާނީ ވެސް ޖަޒީރާ ގައުމެއްގައި ކަމަށް އިނގިރޭސިން ދުށުން ގާތެވެ.  

    ތިމާމެންގެ އަމިއްލަ ބާރެއްނެތި އޮތްއިރު ތިމާމެންގެ ރުހުމަކާ ނުލައި ބަޔަކު ގެނެސް މޮރިޝަސްގައި ވަޒަންވެރި ކުރުވުމަށް ފަހު މާފަހުން ޗާގޯހަކީ މޮރިޝަސްގެ ތަނަކަށް ވާކަށް ވެސްނުޖެހެއެވެ.  

    ތެދެކެވެ. މޮރިޝަސްއިން އިނގިރޭސިންނާ ދެކޮޅަށް އެ ދައުވާކޮށް ދުނިޔޭގެ ގިނަ ގައުމު ތަކުން މޮރިޝަސްއަށް ތާއީދު ކޮށްފިއެވެ. އެހެން ނަމަވެސް ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ދުނިޔެ އުމުރަށް ދައުވާ ކޮށްކޮށް އެގޮތުގައި ތިބެން ޖެހުނަސް އެގޮތެވެ.

    ގަދަމީހާ ގަދަކޮށް އޮތުމަކީ ދުނިޔޭގެ އާދައެވެ. މުޅިދުނިޔެ އެއްވެގެން ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނަސް ދިވެހިން އެކަން ގަބޫލު ކުރާން ނުޖެހޭ ކަމަށް ވެގެން ޗާގޯސް ހޯދާ ވާހަކަ ބާރަށް ދައްކަންވާނެއެވެ. އެހެން ނަމަވެސް ޗާގޯހަކީ ހިނބަޅިދޫ ފަދައިން އެމްއެމްޕީއާރުސީ ލިސްޓަށް ލައިގެން ވިއްކާލެވޭ ގޮތަށް އެއްއިރެއްގައި ވެސް އޮތް ދިވެހިރާއްޖޭގެ ރަށްތަކެއް ނޫނެވެ.

    ]]>
    Tue, 25 Oct 2022 17:49:18 +0500 ހީރަސް