Maldives Real Time Facts & : ރިޔާސީވެށި https://heerasnews.com/rss/category/ސޔސ-44 Maldives Real Time Facts & : ރިޔާސީވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) ނޫން ގޮތެއް ހޯދަން އުޅެވުނު ގޮތަކުން ދެ މޮހަނދުގެ ގޮއްޖެހުން! https://heerasnews.com/3662 https://heerasnews.com/3662 މީސް މީހުންގެ ހަގީގީ ސޫރަ ލޯތަކަށް ދައްކާ ދެއްވަނީ އެކި ފަހަރު އެކި ގޮތަށެވެ. ތިމާމެންގެ ތެރެއިން ތިމާ ނޫން މީހަކަށް ބާރު އޮތުމަށް ނުރުހުމުން މީހުނަށް ވާގޮތް ދެކޭށެވެ. 

ތިމާ ހުއްޓާ ތިމާމެންގެ ތެރެއިން އެހެން މީހަކު ކެޔޮޅަކަށް ހުރީތީ ތިމާ އަރާއިން އޮޑި ފައްތާލަން އުޅެން ޖެހެލުމެއް ނުވިއެވެ. ކަނޑު ގަދަޔަސް ބޮޑު ރިޔަލުގައި ނުހަނު ހަލުވި ދުވެލީގައި އޮޑި ދުވެދުވެ ހުއްޓާ އޮޑި ދުއްވާ މިސްރާބު ކަމުދާ ކަމަކަށް ނުވިއެވެ. ބަނޑު ރިޔަލު ފެނުއެޅުނަ ނުދީ ކެޔޮޅާއި ފަޅުވެރިން އެއް ރޫހެއްގައި ބާރަށް ކުރިއަށް އޮޑި ދުއްވަމުން ދިޔައިރު ކަމުދާ އެއްކަމެއް އޮޑީގެ ތެރޭގައި ހިނގާ ކަމަކަށް ނުވިއެވެ. 

ހިންމިތަކުން ދިޔަވެ ކޮޅުއުނގުރި ނެއްޓި ދިޔަހަރު ޖެހުނުކަމަށް އޭރު ގޮވާ ނެގިއެވެ. ވަރު ރާޅު ނުބަލާ ދުއްވާ ކަމަށް ވިއެވެ. ރިޔާ ކޮށިކޮށް ހާޑަށް ނުޖައްސައިގެން ހީވީ އެހެން ކަމެއް ހެންނެވެ. ކޮޅުންއަޅާ ދިޔަތަން ހަލައިލައިފި ކަމަށް ވެސް ދިރުބަނލަށް އަރާހުރެ ގޮވިއެވެ.

އަރާ ހުރެވުނީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބަލަށްކަން މޮހަނދަށް ވިސްނި އޮޑިން ފުންމާލީ އޮޑި ފައްތާލާނަމޭ ހިތައެވެ. ދަތުރުކުރި މިސްރާބު އަތު ނުވިޔަސް އޮޑި ފައްތައެއް ނުލެވުނެވެ. ކުރިން އަމިއްލަ ދުލުން ބުނާހެން އެ އޮޑިއެއް ނުފެތޭނެއެވެ. 

އަބުޖަހައިގެން ގަނޑު ރޫޅާލަން އުޅެއުޅެވެސް ނުރޫޅުމުން ގަނޑުން ވެއްޓި ބިންމަތިވީ ފުލުވައް ނޫންކަން ކަށަވަރުވިއެވެ. ތިމާމެންގެ ތެރެއިން ތިމާނޫން މީހަކަށް ބަންޑާރަ ބޮޑު އޮޑީގެ ކެޔޮޅުކަން އޮތުމަށްވުރެ އެހެން ބައެއްގެ އަތްމައްޗަށް ކެޔޮޅުކަން ފޮރޮޅިގެން ދިޔުންވެސް ހެޔޮވެ އެކަން އެމަގަށް ހިމުންވެ ނިމުނެވެ. 

ލަހެއް ފަހެއްނުވެ ބަންޑާރަ ބޮޑުއޮޑީގެ މިސްރާބު ގެއްލި މުޅި އޮޑީގައި ހޮޅިހޮއްލުން ނޫން ކަމެއް ނެތިއްޖެއެވެ. ދިޔަވަނީ ހިންމިތަކުން އެކަންޏެއް ނޫނެވެ. ނުއުފުރޭ އުނގުރިއެއް ނެތެވެ. ކުނބު ކުރިން ހުރީ އަޑު ކިޔާލަ ކިޔާލައެވެ. ކުޑަރިޔާ އަޅަން ރޮއި އާދޭސް ކުރިޔަސް ބޮޑު ރިޔަލުގައި ކަނޑު ދުވަން އުޅޭތީ ހީވަނީ ދެންމެ ދެންމެ ބަނޑުން ޖަހާލަފާނެ ހެއްނެވެ. އޮޑި ދުއްވަން ލެވުނު ކެޔޮޅު ކަޅުދިގު ހޮޅި މޮހަނދަށް ވާނުވާ ނޭނގެއެވެ.

އެހެނެއް ކަމަކު ވައްޓާލި މޮހަނދު އަނގަ އައްޕަތަކަށް ހަދައިއިގެން ޗުއްޕުވެސް ނުބުނެ އެ ހުންނަނީ ކުރެވުނު ކަމުގެ މޮޔަ ބޮލަށް އަރާފައި ތޯއްޗެކެވެ. ރޫޅަން އުޅެ ނުރޫޅި ނެގި ގާގަނޑަށް ބޮލިއެރިޔަސް ތިމާމެންގެ ތެރެއިން ތިމާއަށް ނުލިބޭ ބާރެއް އެހެން މީހަކަށް ލިބިދާނެ ކަމަށް ގަންނަ ބިރަކުން ހަނު ހުންނަނީ ތާއެވެ. ނޫނީ ނޫން ގޮތެއް ހޯދަން ކުރެވުނު މަސައްކަތުގައި ދެ މޮހަނދުގެ ނިގޫ ގޮއްޖެހުނީތާއެވެ.

]]>
Sat, 08 Nov 2025 13:06:10 +0500 އެޑިޓަރ
މުއިއްޒުގެ ވެރިކަމުގައި ތައާރަފް ކުރި އައު ވައްކަމެއް! https://heerasnews.com/3606 https://heerasnews.com/3606 ރާއްޖޭގެ ތާރީހުގައިވެސް މިހާރު ނޫނީ ސިނގިރެޓް ސުމަގުލް ކުރުމަކީ ކުރާކަމެއް ނޫނެވެ. ސިނގިރެޓްގެ ވަގު ވިޔަފާރި ކުރުމަކީ ކޮށްއުޅުނު ކަމެއް ވެސް ނޫނެވެ.

ސިއްހަތަށް ގެއްލުން ހުރިނަމަވެސް ސިނގިރެޓަށް ދެވި ހިފާފައި ތިބި މީހުން ސިނގިރެޓް ބުއިމަށް ވައްކަން ކުރާކަށް މީގެ ކުރިއަކު ނުޖެހެއެވެ. ދުންފަތުގެ އިސްތިއުމާލުން ދުރުކުރުމުގެ ނަމުގައި މުއިއްޒު ހުޅުވާދިން ވައްކަމުގެ ދޮރުގެ ސަބަބުން އެހެންނޫނީ ނުލިބޭ އެތަކެއް ގެއްލުމެއް މުޅި ގައުމަށް ލިބެން ފަށައިފިއެވެ. 

ޓެކްސްގެ ގޮތުގައި އަހަރަކު ލިބެމުންއައި އެތައް މިލިޔަން ރުފިޔާއެއް ލިބުން ހުއްޓިއްޖެއެވެ. އެހެނެކޭ ކިޔާފައި ރާއްޖެއަށް އެތެރެވާ ސިނގިރެޓް މަދެއް ނުވެއެވެ. އިސްތިއުމާލު ކުރާ މީހުނެއްވެސް މަދެއް ނުވެއެވެ. 

އެކި ނަން ނަމުގައި ވަގަށް އެތެރެކުރާ ގޮތްނެނގޭ ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް ބޭނުން ކޮށްގެން ސިއްހަތަށް ލިބޭގެއްލުން އިތުރަށްވީ ބޮޑެވެ. ބިޑިއޮޅުން ކެފޭތަކާއި ހޮޅުއަށިތަކާއި އޮޑިދޯނިފަހަރުގެ މަޅަށް ތިރިވެ އޮޅަނީ ތެޔޮ ބިޑިއެއްކަމެއް ދުންބިޑިއެއް ކަމެއް ނޭނގޭ ވަރަށް ބިޑިއޮޅުން އާއްމުވީއެވެ.

އަނެއް ކޮޅުން ސްމަގުލްކުރާ އައު ބަޔަކު އުފެދި ފުޅާ ދާއިޜާގައި ސްމަގުލުކުރެވޭ އެއްޗަކަށް ސިނގިރެޓްވީއެވެ. ގާނޫނާ ހިލާފު ވާނެ އައުބަޔަކު އިތުރުވެ ކުށުގެ އައު ވެއްޓެއް އުފެދުނީއެވެ. 

ގާނޫނު ތަންފީޒުކުރާ އިދާރަތަކަށް އިތުރު ބުރައެއް އިތުރުވެ އެ އިދާރަތަކުގައި ވަޒީފާ އަދާކުރާ މީހުން ޖަރީމާ ހިންގަން ކޮރަޕްޝަންގެ އައު ދޮރެއް ހުޅުވާދިނީއެވެ. ކުރިން އޮތް ގޮތަށް ދުންފަތާއި ގުޅުންހުރި ޓެކްސްތައް ތިރި ނުކޮށްފިނަމަ ބަލި މީހުންނާއި ކުށްވެރިން އެތައް ގުނައަކަށް ވާނީ އިތުރެވެ. ކެފޭތަކާއި ސައިމޭޒުތަކަކީ ފާޅުގައި ތެޔޮ ބިޑި އޮޅާ އައްޑާ ތަކަކަށް ވެގެން ހިނގައްޖެއެވެ.

ސިއްހީ ގޮތުންނާއި މާލީ ގޮތުންނާއި އާއިލާތަކަށް ޖެހުނު މުސީބާތަކަށް ދުންފަތުގެ ބާވަތްތަކުގެ ޓެކްސް ބޮޑުކުރުން ވެއްޖެއެވެ. ދައުލަތުން އިޖުތިމާއީ ރައްކާތެރި ކަމަށް ކުރަންޖެހޭ ހޭދަ އެކަމުން އެތައް ގުނައަކަށް ބޮޑުވިއިރު ދައުލަތަށް ބައިސެންޓްވެސް ނުވަދެ ވަގު ސިނގިރޭޓުން ބަރާވެއްޖެއެވެ. ޑްރަގަށްވުރެ ބާރަށް ހިނގާ ބައި އަޅައިގެންކުރާ އަގުބޮޑު ވަގު ވިޔަފާރިއަކަށް ސިނގިރެޓްގެ ވަގުވިޔަފާރި މުއިއްޒު ހަދާދިފިއެވެ.

]]>
Mon, 13 Oct 2025 19:05:00 +0500 އެޑިޓަރ
ވެރިކަން ކުރަން ބަފާގެ ފޮތުގައި ނުލިޔެ އޮތްބައި https://heerasnews.com/3602 https://heerasnews.com/3602 ނުރަކޫރު މޮހަނދު ބުނާ ގޮތުން އޭނާ ވެރިކަން ކުރަނީ ބަފާ ލިޔުނު ފޮތުގައި އޮތް ގޮތަށެވެ. މޮހަނދުގެ ބަފާކަމަށް އެބުނާ ވަށަފަރު އަބްދުއްރަހުމާނު ގޯތި ހުސައިން ލިޔެ ޝާއިއު ކޮށްފައިވާ އެއްވެސް ފޮތަކުން މޮހަނދު ކުރާ ޒާތަށް ވެރިކަމެއް ކުރަން ދީފައި އޮތް އިރުޝާދެއް ދުށް މީހަކު ނޫޅެއެވެ 

ނުރަކޫރު މޮހަނދު އެބުނާ ބަފާގެ ފޮތަކީ މޮހަނދު ނޫން މީހަކާ ހިއްސާ ނުކުރާ ފޮތަކީ ތާއެވެ. ލިޔެ ޗާޕްކޮށް ޝާއިއުކޮށްފައ ނެރުނު ފޮތެއްގައި ނެތަސް ނުރަކޫރު މޮހަނދު ވެރިކަންކުރާ ގޮތުން ބަފާ ފޮތުގައި ނުލިޔެ މޮހަނދަށް ލާދީފައި އޮތް ބައެއް އޮތިތާއެވެ. ނުރަކޫރު މޮހަނދުގެ ބަފާގެ ފޮތުގައި ނުލިޔެ އޮތްބައި މޮހަނދު ނިކަން ރަގަޅަށް ހަދާން ހުންނަނީތާއެވެ.

ނުރަކޫރު މޮހިނދުގެ ބަފާ ފޮތުގައި ނުލިޔާ ބައިގައި އޮތްގޮތުން ބަޔަކުގެ މައްޗަށް ވެރިކަމެއް ކުރަން މޮހަނދަށް ލިބިއްޖެއްޔާ އެ ބައެއްގެ މާއްދީ ކަންކަމާއި މަދަނީ ކަންކަމާއި ދުނިޔަވީ ބޭނުންތައް ފުއްދައި ދެވޭނެ ގޮތެއް ނެތި އަދި ނޭގި ހުންނަން ޖެހުނަސް ވަރިހަމައެވެ. އެ މިހުންގެ ހަޒާނާއިން ނެގުނު އެއްޗެކާއި އެއްޗެއް ނެގެން ނެތިއްޔާ ދަރަންޏަށް ނަގައިގެން ވެސް އެ މީހުން ދިރިއުޅޭހާ ރަށަކަށް އެ މީހުންގެ ގާތަށް ދާންވާނެ ކަމަށް ބުނެފައި އޮތީތާއެވެ. 

ނުރަކޫރު މޮހިނދު ދާންވާއިރަށް މީހުން އެއްކުރުވާ ސަފުހައްދާ އެ މީހުންނާއި ސަލާންކޮށް އެ މީހުންނާއެކު ޖަލްސާ ބާއްވަންވާނެ ކަމަށް ގަދައަޑުން ބަފާ ބުނެފައި އޮތިތާއެވެ. ބަފާ ނުލިޔާ ބައިގާ ބުނެފައި އޮތްގޮތަށް ޖަލްސާގައި ނުފުއްދޭނެހާ ބޮޑެތި ވައުދު ވާންވާނެއެވެ. ވާހާ ވައުދު ތަކަކީ ނުފުއްދޭނެ ވައުދުތަކެއް ކަން އެ މީހުންނަށް ވެސް އެނގެން ވާނެކަމަށް ބަފާ ބުނެފައި އޮންނަނީތާއެވެ. ވާވައުދު ހުންނަން ވާނީ ނުފުއްދޭނެހެން މަތިމައްޗަށް ވޭވޭ ހުންނަހެނެވެ. 

އާނއެކެވެ. ބޮޑެތި ދޮގު ވައުދު ނުވެއްޖެނަމަ ދުނިޔޭގައި އެ މީހުން އެ ތެޅޭ ތެޅުން ތެޅިތެޅި ތިބުމާއި މެދު އެ މީހުންގެ އޮންނަ އުންމީދު ކެނޑި، ބުރިވެދާނެއެވެ. ދިރިތިބުމާއި މެދު ބަޔަކު މީހުންގެ އޮންނަ އުންމީދު ފުނޑުފުނޑު ވިޔަދީގެން ނުވާނެތާއެވެ. 

ނުރަކޫރު މުހަނދު ބައި ހަރަމަށް ހަރަމް ބަދެގެން ބޮޑު ދިދަ އާއި ވާހަކަ ދައްކާ ފެންނެތް ބޮޑެތި ކާށި ބިންނަތާ ދެ އަހަރު ވަނީއެވެ. ހުސް ގޮނޑިއާއި ބަޅުރުކު ތައްޕާހުން ވެރިކަމެއް ހޯދައިގެން ކުރަގަނޑުން ދީން ވިއްކައިގެން ބޮލުރޮދި ކެނޑިގެން ބޮލާއަޅާ ރާރާ ގުޑިއެއްހެން ލާހޫރެނީ ބަފާ ނުލިޔެ އޮތް ބައިން ލިބުނު ފިލާވަޅުން ރޯނުއެދުރު ވުމުންނެވެ.  

]]>
Sat, 11 Oct 2025 21:38:40 +0500 އެޑިޓަރ
ވަޒީރު ޝިޔާމަށް: މުއިއްޒު ހާލިސް ވެރިއަކަށްވަނީ މަގާމާ ކާރަށްޓަކާ! https://heerasnews.com/3535 https://heerasnews.com/3535 ރައީސް މުއިއްޒަކީ އެއްވެސް އިހުލާސްތެރިކަމެއް ނެތް ވެރިއެއްކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ މަސްވެރި ވަޒީރު ނައިފަރު ޝިޔާމްއެވެ. " ނޫސްވެރިންގެ ގޮންޖެހުންތައް ރަނގަޅަށް ދެނެވަޑައިގަންނަވާ އަދި އެގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ހާލިސް ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއެއް" ކަމުގައި ރައީސް މުއިއްޒު ވާކަމަށް ޝިޔާމް ބުނީމާ  އަންނަނީ ހިންޏެވެ. 

ނޫސްވެރިންގެ ގޮންޖެހުންތައް ކިތަންމެ ރަނގަޅަށް ރައީސް މުއިއްޒަށް އެނގުނަސް އެ ގޮންޖެހުންތަކަށް މުއިއްޒު ހައްލު ހޯދާ ނުދޭނެކަން ޝިޔާމަށް މާ ރަނގަޅަށް އެނގޭނެއެވެ. ވަޒީރުކަމުގެ މަސްތުގައި ބުނަންޖެހޭ ވާހަކައެއް ވީމާ ބުންޏަސް މުއިއްޒުގެ ކިބައިގައި އެއްވެސް އިހުލާސްތެރިކަމެއް ނުހުންނާނެކަން ޝިޔާމްވެސް ގަބޫލު ކުރާނެއެވެ. 

ރައީސް މުއިއްޒުގެ އިހުލާސްތެރި ކަމެއް ނެތްވަރު ލޭނު މަސްވެރިކަމަށް ހުއްދަދޭން އުޅުނު އުޅުމުން އެކަނިވެސް ޝިޔާމަށް ވަޒަން ކޮށްލެވޭނެއެވެ. ލޭނުއެޅުމަށް ހުއްދަދިނުމަށް ޝިޔާމް ލައްވާ މުއިއްޒު ނުކުރުވަނީ ކޮންކަމެއް ހެއްޔެވެ. ހުއްޓާނުލާ ރެއާއި ދުވާލު ޝިޔާމް ލައްވާ ލޭނުއެޅުމަށް ހުއްދަދިނުމުގެ މަސައްކަތްކުރުވިއެވެ. ބޮޑެތި ހޭދަތައްކުރުވާ ވަގުތާއި ފައިސާއާއި ފަންނީ ގޮތުން އެތައް ކަމެއް ކުރުވިއެވެ. ދިރާސާތައް ހައްދާ އުސޫލު އެކުލަވާލާ ހެއްދުވީ ޝިޔާމް އެބުނާ އިހުލާސްތެރި މުއިއްޒު ނޫން ހެއްޔެވެ. 

ރައްޔިތުންގެ ކުރިމައްޗަށް ޝިޔާމު ނެރުވައިގެން ލޭނު މަސްވެރިކަމަށް ހުއްދަދީގެން ނެރޭނެ ފައިދާތަކުގެ ވާހަކަ ދެއްކުވިއެވެ. ލޭނު މަސްވެރިކަމަށް ހުޅުވާލާނެ ދުވަސްވެސް ޝިޔާމް ލައްވާ އިއުލާނު ކުރުވިއެވެ. ޝިޔާމް ލައްވާ އެ ހުރިހާ ކަމެއް ކުރުވާފައި ރެއަކަށް އިރު އޮއްސިފައި އިރު އެރިއިރު ޝިޔާމަކީ އަނގަފިނދަކަށް ހެއްދުވީ ޝިޔާމް އެ ބުނާ އިހުލާސްތެރި މުއިއްޒެވެ.

ރައްޔިތުންގެ ކުރިމަތީގައި ޝިޔާމަކީވެސް އެއްވެސް އަގެނެތް އިތުބާރު ގެއްލިފައިވާ މީހަކަށް މުއިއްޒު ވަނީ ހަދާފައެވެ. ޝިޔާމް ޓީވީތަކަށް އަރާ ލޭނުމަސްވެރިކަމާއި ގުޅޭގޮތުން ދެއްކިހާ ވާހަކަ ޖަމަލު ފޮޑިއަށް ހަދާލި މުއިއްޒަކީ ހާލިސް ހިތެއްގެ ވެރިއެކޭ ޝިޔާމުމެން ބުނަނީ މަގާމާއި ދިދައާއި ކާރަޢްޓަކައެވެ. 

]]>
Fri, 12 Sep 2025 20:06:45 +0500 އެޑިޓަރ
ބޮޑުފޮޅުދޫން ވެސް ބުނަނީ އިބޫ ވަރެއް ނެތްކަމަށް https://heerasnews.com/3533 https://heerasnews.com/3533 ‏ރައީސް ސޯލިހު ރާއްޖޭގައި ކުރެއްވީ ހެޔޮވެރި ކަމެއްކަން ރަށްރަށުގެ ރައްޔިތުން ދަނީ ކަށަވަރު ކޮށްދެމުންނެވެ. މީގެ ކުޑަ ދުވަސްކޮޅެއް އެކަން ފެނިގެން ދިޔައީ ފ. އަތޮޅު މަގޫދޫންނެވެ. މަގޫދޫން ފެނިގެން ދިޔަ ތާއީދާއި ލޯބިން އެރަށު މީހުން ދިން މެސެޖަކީ އަދިވެސް އިބޫނޫން ގޮތެއް އެމީހުނަށް ނެތްކަމެވެ. 

ރައީސް ސޯލިހު ކުރެއްވީ ހެޔޮވެރިކަމެއްކަން މިއަދު އެ ސާބިތު ކޮށްދެނީ އއ. ބޮޑުފޮޅުދޫ ރައްޔިތުންނެވެ. އއ. ބޮޑުފޮޅުދޫ ކައުންސިލުން ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ރައީސް ސޯލިހަށް އެރުވީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމާ އެކުގައެވެ.

ބޮޑުފޮޅުދޫ ރައްޔިތުން ރައީސް ސޯލިހަށް ކުރުނީސް އެކުރަނީ ވެރިކަމުގެ އާރެއް ބާރެއް ވަޒީފާގެ ނުފޫޒެއް އޮވެގެނެއް ނޫނެވެ. ހުދުމުހުތާރު ވެރިއެއްގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށް ބިރެއް ސިހުމެއް ނެތިއެވެ. ގެއްލިދާނެ ވަޒީފާއަކަށް ޖެހިދާނެ ތުރާލަކަށް ނުބަލާ ބޮޑުފޮޅުދޫ ރައްޔިތުން ވެސް ބުނަނީ އެ މީހުނަށް ހަމަ އިބޫވަރެއް ނެތްކަމަށެވެ. 

ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން ކޮޅުނެތްކޮޅަށް މަގުތައް ފުރާލާފައި ކުދި ބޮޑު އެންމެން އެތިބީ ކުޑަވެސް މަޖުބޫރު ކަމެއްނެތިއެވެ. ހިތުން ރުހުމުންނެވެ. ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ނިކުމެތިބީ ރަށުގެ ރައްޔިތުންނެވެ. ޝުކުރުން ފުރިފައެވެ. ހިދުމަތްތެރި އޯގާތެރި ވެރިކަމެއް ކޮށްދެއްވި ރައީސް ސޯލިހައށް އޮތް ފަނޑުނުވާ އިހުތިރަމާއި، ލޯތްބާއި ގަދަރު އިންތިހާއެވެ. 

]]>
Fri, 12 Sep 2025 12:00:00 +0500 އެޑިޓަރ
އިބޫ ނޫން ގޮތެއް ނެތްކަން ފަތުއަޑުކިޔާފައި ވަނީ އިތުރު https://heerasnews.com/3515 https://heerasnews.com/3515 މުއިއްޒުގެ ބޮޓުންނާއި ކުލީ ގަލަންތަކުން އެމްޑިޕީއަކީ ތާއީދެއް ނެތް ބޭކާރު ބައެއްކަމަށް ދައްކަން މަރުފަލި އެބަޖަހައެވެ. ވެރިކަމުގެ ޖަޒްބާތުގައި އެމްޑީޕީ ރޫޅަން ނިކުތް ބައެއް މީހުން އަދިވެސް އެކަންވޭތޯ އެބަ ގައި ވީދައެވެ. 

އެމްޑީޕީގެ ކުރީސަފުގައި ތިބި މީހުންނާއެކު އެމްޑިޕީއަށް ކާމިޔާބެއް ލިބެން ނެތްކަމަށް އަޑު ފަތުރައިގެން ވާގި ނައްތާލަން ކުރެވޭ މަސައްކަތް ވަކީން ކުޑައެއް ނޫނެވެ. ރައީސް ސޯލިހާއި އޮނަރަބަލް ފައްޔާޒު އިސްމާއިލާއި އޮނަރަބަލް ޝާހިދާއި އެކުގައި އިތުރަށް ހޯދޭނެ މޮޅެއް ނެތް ކަމަށް ބަޔަކު އެބަކިޔައެވެ. 

ރައީސް މުއިއްޒުގެ އައުވާނުންނާއި ރައީސް ޔާމީނަށް ވެރިކަން ހޯދަދޭން އުޅޭ މީހުންނާއި ރައީސް ނަޝިދު ނޫންގޮތެއް ނެތްކަމަށް ގަބޫލުކުރާ މީހުނަށް އެމްޑީޕީއެއް އެމްޑިޕީގެ ލީޑަރޝިޕެއް ކަމަކު ނުދާނެއެވެ. 

ވަކިވަކި އެ ހުރިހާ ފިރުގާއަކީ ވަކި މީހަކަށް ނޫނީ އާރާބާރު އޮތުން ގަބޫލު ނުކުރެވޭ ހަނި ވިސްނުމެއްގެ ބައެކެވެ. ހާއްސަކޮށް ރައީސް މުއިއްޒަކީ މައުމޫނިޒަމްގެ ފޮތިވަރެއް ލޫޓުވާލައިގެން ވެރިކަމުގައި ހުރީތީ ބާރުވެރިވެފައިވާ މީހެެއް ކަމުން މުއިއްޒުގެ ތޮއްވަރިން މޮޅުކާ މީހުނަށް މުއިއްޒުވަރެއް ނުއޮންނާނެއެވެ. 

އިބޫ ނޫން ގޮތެއް ހޯދަން އެއްވާނަކަށް މުޅި ގައުމުގައި ހިންގި ދޮގާއި ފިތުނައިގައި ދަންތުރާގައި ޖެހި އެމްޑީޕީއަށް ވެރިކަން ގެއްލުނަސް އެއް ލައްކަ ނުވަހާހަށް ވުރެ ގިނަ ވޯޓުދީ އެމްޑީޕީއަށް ގިނަ ބަޔަކު އިތުބާރު ކުރިއެވެ. ރޫޅާލަން އުޅުނު މީހުނަށް ރޫޅާ ނުލެވި ދިޔައީ ޗޮކުންނެވެ. 

ހޯދުނު އިބޫ ނޫން ގޮތުން ޖެހެމުންދާ ހާލު އިތުރު ވީވީހެން ކުރެވުނު ކަންތަކުގެ މޮޔަހީވެ އެތައް ބަޔަކު މުއިއްޒަށް ލައުނަތް ދިނުން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. މުއިއްޒުގެ ދޯހަޅި ނާގާބިލު ވެރިކަމަށް ދެ އަހަރު ނުވެ މުއިއްޒުގެ މަގުބޫލުކަން މުޅިންހެން ގެއްލި ފޫހިވެއްޖެއެވެ. 

އިބޫ ނޫން ގޮތެއް އަދި ނެތް ކަމަށް ގަބޫލުކުރާ މީހުން ފަތުއަޑު ކިޔާފައި ވަނީ އިތުރެވެ. އެމްޑީޕީ އެނބުރި ވެރިކަމަށް ގެނައުން ނޫން ރަނގަޅު އެހެން ގޮތެއް މިހާރު ނެތިއްޖެއެވެ. އެމްޑީޕީން މުއިއްޒުގެ ވެރިކަމާ ދެކޮޅަށް ހިންގާ ހަރަކާތްތައް މަދުވެގެން މުއިއްޒުގެ އައުވާނުން ވެސް އުޅެނީ މާވަރަކަށެވެ.

އެމްޑީޕީގެ ވާދަވެރިން އެމްޑީޕީ މަގަށް ނިކުމެ ވެރިކަން ވައްޓާ ނުލައިގެން ފޯރިއެއް އެބަހުއްޓެވެ. މުއިއްޒުގެ ލުޓޭރު ސަރުކާރު ވައްޓާލެވޭ ވަރުގެ އެހެން ބަޔަކު އެމްޑީޕީ ނޫނީ ނެތްކަން ލޮލުން ބޮލުން އެންމެންވެސް ގަބޫލުކުރާތީ މުއިއްޒުގެ ވަފާތެރިންނާއި އެމްޑިޕީގެ ހިޔަނިން ވެރިކަން ހޯދަން އުޅޭ މީހުނަށް އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕެއް ހަޖަމެއް ނުވާނެއެވެ.

]]>
Fri, 05 Sep 2025 18:23:27 +0500 އެޑިޓަރ
ކައުންސިލްތައް ބާރުވެރިކުރުމުގެ ފައިދާ މަގޫދޫން އިހުސާސްކުރެވޭ: ރައީސް ސޯލިހު https://heerasnews.com/3475 https://heerasnews.com/3475 2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ލާމަރުކަޒިީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ފ. މަގޫދޫ ކައުންސިލުގެ ފުދުންތެރިކަން އެތައް ގުނައަކުން އިތުރުވެއްޖެކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މަގޫދޫ ރަސްމީ ފާލަމާއި ދަުތުރުވެރިންގެ ހިޔަލާއި ބަނދަރު މައިޒާނާއި ލައިސަންސް ޓްރެކް ހުޅުއްވާދެއްވުމަށް އެރަށުން ދެއްވި ދައުވަތަކަށް ރައީސް ސޯލިހު ވަނީ ފ. މަގޫދޫއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

ރައީސް ސޯލިހު އެހެންވިދާޅުވީ ފ. މަގޫދޫ ކައުންސިލާއި އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް އެރުވި ދައުވަތަށާއި ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ލާމަރުކަޒިީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވެ، ރަށްވެހި ތަރައްގީގެ މަޝްރޫޢުތައް ރަށުގައި މިއަދު ގާއިމުކޮށްފިއެވެ.
"މަގޫދޫ ގައި ހޭދަކުރެވުނު މި ވަގުތުކޮޅުގައި ކައުންސިލްތައް ބާރުވެރިކުރުމުގެ މުހިއްމުކަމާއި އެކަމުގެ ފައިދާ އަނެއްކާވެސް އިހުސާސްކުރެވޭ" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުން އެކަންކަން ބަދަލުކޮށް ރާއްޖެ ފަހަތަށް ގެންދާ ކަމީ ހިތާމަހުރި ކަމެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ކުރެއްވި ޕޯސްޓްގައި ފ. މަގޫދޫ ކައުންސިލާއި މަގޫދޫ ރައްޔިތުން އެރުވި ދައުވަތަށާއި ދެއްވި މެހެމާންދާރީއަށް ވަރަށް ބޮޑަށް ރައީސް ސޯލިހު ވަނީ ޝުކުުރު އަދާކުރައްވާފައެވެ. 

ރައީސް ސޯލިހުގެ މަގޫދޫ ދަތުރުފުޅުންވެސް ރަށްރަށުގެ ރައްޔިތުން ހިތުގައި ރައީސް ސޯލިހަށް އޮތް ތާއީދާއި ލޯބި ސާފުކޮށް ދަނީ ފެންނަމުންނެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ފައްޓަވާފައިވާ އަސާސީ ހިދުމަތްތަކާއި ތަރައްގީގެ މަސައްކަތްތަށް ރައްޔިތުން ލޮލުން ބޮލުން ޝުކުރުވެރިކަމާއެކު ބަލައިގެންފައިވާކަން ދަނީ ސާބިތުވަމުންނެވެ. 
]]>
Mon, 18 Aug 2025 13:10:11 +0500 އެޑިޓަރ
މުއިއްޒު ގާނޫނުއަސާސީގެ އޮނިގަޑު ރޫޅާލައިފި: ފައްޔާޒު https://heerasnews.com/3464 https://heerasnews.com/3464 އަލްއުސްތާޒު ފައްޔާޒު އިސްމާއީލު ވިދާޅުވަނީ ގާނޫނުއަސާސީއަށް 17 އަހަރު ފުރޭއިރު، އެ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑު ރޫޅާލައިފިކަމަށެވެ. ފައްޔާޒު ވިދާޅުވާހެން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ގާނޫނުއަސާސީ ލާޒިމު ކުރާކަމެކެވެ.

ގާނުނުއަސާސީ ލާޒިމުކުރާ ކަމެއް ނުކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ފައްޔާޒު ވިދާޅުވާ ގޮތުގައި ގާނޫނުއަސާސީގެ 8 ވަނަ ބާބުގެ ބާރު ކަނޑުވާލުމެވެ. 

ފައްޔާޒު ވިދާޅުވަނީ ފަނޑިޔާރު ގޭގެ ބާރުވެސް ކަނޑުވާލައިފި ކަމަށެވެ.އަނެއް ކޮޅުން ދައުލަތުގެ މާލިއްޔަތު ހިންގުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ސަރުކާރުން ހިލާފުވެއްޖެ ކަމަށް ފައްޔާޒު ވިދާޅުވެއެވެ.

ގާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ރައީސް މުއިއްޒު ހައްދަވައިފިކަމަށް ފައްޔާޒު ވިދާޅުވެއެވެ.  ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ގާނޫނުއަސާސީގެ ހަމަތައް ނެގެހެއްޓުމަށް ލިބޭ ފަހު ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު. ވާދަވެރިނަށް ކާމިޔާބު ކޮށްދިނުމަށް ފައްޔާޒު އެދިވަޑައި ގަންނަވައެވެ. 

]]>
Wed, 13 Aug 2025 20:40:54 +0500 އެޑިޓަރ
ޑިމޮކްރެޓްސް މެންބަރުން އެމްޑީޕީއާގުޅުމަށް ސޯލިހުވެސް މަރުހަބާ! https://heerasnews.com/3362 https://heerasnews.com/3362 ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާއި ގުޅުމަށް ނިންމި ނިންމުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މަރުހަބާ ވިދާޅުވެއްޖެއެވެ. ރާއްޖޭން ބޭރުގައި ހުންނަވާ މިއަދު ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވަން" ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާއި ގުޅުމަށް ނިންމި ނިންމުމަށް މަރުހަބާ ދަންނަވާ ކުރެއްވި ޕޯސްޓްގައި ރައީސް ސޯލިހު އެދިވަޑައިގެން ވިދާޅުވެފައި ވަނީ "އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިގާށެވެ." 

“ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން." ކަމަށް ވިދާޅުވަމުން "ގައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން.”އިލްތިމާސް ކުރައްވާ ޅެންބައިތު ކޮޅަކާއެކު ރައީސް ސޯލިހުގެ ޕޯސްޓް ނިންމަވާ ލައްވާފައިވަނީ ރާއްޖެ ޓީވީއަށް އެމަނިކުފާނު ދެއްވާފައިވާ އެކްސްކްލޫސިވް އިންޓަވިއުއެއްގެ ތަންކޮޅެއް ހިމެނުއްވާފައެވެ.

   

]]>
Thu, 19 Jun 2025 10:57:38 +0500 އެޑިޓަރ
ދެފަހަރުމަތިން އެމްޑީޕީ މެންބަރުން މަގުމަތިކޮށްލީ ނަޝީދު! https://heerasnews.com/3337 https://heerasnews.com/3337 ވެރިކަމަށް ކުރިމަތި ލުމަކީ ކޮންމެ މިހަކަށްވެސް އޮތް ހައްގެކެވެ. ވެރިކަން ހޯދުމަށް ނިޔަތްގަނެގެން މަސައްކަތް ކުރުމުގައިވެސް ގޯހެއް ނެތެވެ. ގޯހަކީ ވެރިކަމާހެދި ގައުމު ހަލާކުތެރެއަށް ގަސްތުގައި ވައްޓާލުމެވެ. ގައުމާ ސަމާސާ ކުރުމެވެ. ތިމާގެ ސައިޒު ނޭނގި ތިމާ ވަރެއް ނެތިގެން އުޅުމެވެ. ތިމާ މީހަކަށް ހެދި މީހުނަށް ހަރާން ކޯރުވުމެވެ.

ހަމަތެދެކެވެ. ރައީސް ނަޝީދެއް ކަމަކު ގައުމާ އަބަދު ސަމާސަ ނުކުރައްވާށެވެ. ނަޝީދަށްވުރެ ގައުމު މާބޮޑެވެ. ރާއްޖެ މިހާރު މިދެކޭ ހިތްދަތި ހާލަތަށް ގައުމުވައްޓާލުމުގައި ނަޝީދުގެ ދައުރު ބޮޑެވެ. އަމިއްލަ މަސްލަހަތާ ޖެހުމުން ނަޝީދަށް ގައުމެއް ރައްޔިތުންނެއް ޕާޓީއެއް ނޯވެއެވެ. 

ރައީސް ނަޝީދަށް ވެރިކަމާއި އެމްޑީޕީގެ ވެރިކަން ހޯދާދިނީ އެމްޑިޕީގެ މެންބަރުންނެވެ. މަޖިލިސްގެ ރައީސްކަމާއި އާރާއި ބާރު ހޯދާދިނީ އެމްޑީޕީގެ މެންބަރުންނެވެ. އެއިން އެއްވެސް ކަމެއްގައި ނަޝީދުގެ މޮޅުކަމެއް ނެތެވެ.

ނަޝީދަކީ ނަޝީދު މީހަކަށް ހެދި ޕާޓީއަށާއި އެ ޕާޓީގެ މެންބަރުންނަށް ކުޑަވެސް ރަހުމެއް ކުލުނެއް ނެތް މީހެކެވެ. އެމްޑީޕީގެ މެންބަރުންނާއި ތާއީދުކުރާ ޕާޓީތައް ގުޅިގެން ވެރިކަން ހޯދާދީ ޑިމޮކްރެޓިކް ހެޔޮވެރިކަމެއް ކުރުމަށް ހަވާލުކުރުމުން ކުރިއަށް ނެރުނީ އަމިއްލަ މަސްލަހަތެވެ. ރައްޔިތުންގެ އިހުސާސަކަށް ބެލުމެއްނެތި ގައުމީ ރުކުންތައް ދޫކޮށް އަމިއްލަ އެދުން ކުރިއަށް ނެރުމުން ވެރިކަން ނުހިފެހެއްޓިގެން ޖެހުނީ ދޫކޮށްލާށެވެ. އެމްޑީޕީގެ ހިއްވަރުގަދަ މެންބަރުންނާއި ސަޕޯޓަރުން މަގުމަތިކޮށް ހާލުގައި ޖެއްސީ ނަޝީދުގެ ރުންކުރުކަމާއި މަވެތިކަމުގެ ބޮޑުކަމުންނެވެ. 

2012ގައި ވެރިކަން ވެއްޓުމުން ޖެހިގެން އައި ރިޔާސީ އިންތިހާބުގެ ރިޔާސީ ޓިކެޓް އެމްޑީޕީން ނަޝީދަށް ވެދުން ކުރިއެވެ. ވާދަކުރުމެއް ނެތިއެވެ. ބަގާވާތުގެ ޖަޒްބާތުގައި އެތައް ބައެއްގެ ހަމްދަރުދީ ލިބިގެން އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށްގެންވެސް 2013ގައި ނަޝީދަށް އެނބުރި ވެރިކަމަކަށް ނާދެވުނެވެ. ނަތީޖާއަކަށްވީ އެމްޑީޕީއަށް ވެރިކަން ގެއްލުމެވެ. ބިޔަ ބޮޑު އެމްޑީޕީ މަގުވެތިވެފައި ހަތް އަހަރު އޮންނަންޖެހުމެވެ. 

2018ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ އެއްވެސް ގޮތެއް ނަޝީދަށް ނެތުމުން ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ނުކުރާ ހިސާބަށް ނަޝީދު ދުއްވާލިއެވެ. އެހެނެއް ކަމަކު އެމްޑީޕީގެ ގިނަ މެންބަރުން ތިބީ ނަޝީދަށް ވާދަ ނުކުރެވެންޏާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވާދަ ނުކުރާން ރުހިގެނެއް ނޫނެވެ. ނަޝީދާ ނުލާވެސް ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އަންނަންޖެހޭކަމަށް އޭރުވެސް ގިނަ މެންބަރުން ގަބޫލުކުރިއެވެ. ނަތީޖާއެއްގެ ގޮތުން 2018 ގައި ގިނަ ޕާޓީތަކެއްގެ ތާއީދާއެކު އެއްބުރުން އެމްޑީޕީއަށްވެރިކަން ލިބުނީ ނަޝީދާ ނުލައެވެ.  

2018ގައި ރައީސް ސޯލިހަށް ވެރިކަން ލިބި ނަޝީދު މިނިވަންކޮށް މަޖިލީހުގެ ސްޕަރމެޖޯރިޓީއާއިއެކު މަޖިލީހުގެ ރައީސް ކަން ނަޝީދަށް ދިނުމުންވެސް ހިތެއް ނުފުރުނެވެ. ދައުލަތް ހިންގުމުގެ ބާރު ނަޝީދު އަތަށް ނަގަން ނަޝީދު ބޭނުންވީއެވެ. ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުކަން ނަޝިދަށް ލިބޭނެހެން ކަންކަން ތަރުތީބު ނުވުމުން އެމްޑީޕީގެ ރައީސް އިދިކޮޅަށްވުރެ އެމްޑީޕީއާއި އިދިކޮޅުވެގެން މަޖިލީހުގެ ރިޔާސަތުގައި އިނދެ އެމްޑީޕީގެ ވެރިކަމާމެދު ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފައްދާ  އެމްޑީޕީއަށް ހަރާން ކޯރުވިއެވެ. އެންމެ ފަހުން ނިކުތީ އެމްޑީޕީ ރޫޅާލާށެވެ. ދެފަހަރުވެސް އެމްޑީޕީ މަގުމަތިކޮށް މެންބަރުން ބިކަކޮށްލީ ނަޝީދެވެ. އެމްޑީޕީގެ ގިނަ މެންބަރުން އެކަން ހަނދާނެއް ނުނެތޭނެއެވެ.

]]>
Thu, 05 Jun 2025 12:38:00 +0500 އެޑިޓަރ
ބުޅަލު ނަޖިހުން މުއިއްޒަށްވާނެ އުނދަގުލެއް ނެތް! https://heerasnews.com/3232 https://heerasnews.com/3232 ބުޅަލުގެ ނަޖިހާ ހެދި މާލޭގައި އާދަމުގެ ދަރިންނަށް އުޅެވޭކަށް ނެތެވެ. އެތަން މިތާގައި ބުޅަލުގެ ނަޖިހެވެ. ޕާކްތަކާއި މައިޒާންތަކާއި މަގުތަކާއި ފުރާޅު ތަކުގައި ހުސްބުޅާ ނަޖިހެވެ. 

ބުޅަލުގެ ނަޖިހުން މާލެ ސަލާމަތްކުރުމަށް މޭޔަރ އާދަމް އާޒިމު ކުރެއްވި މަސައްކަތުން ސިޓީ ކައުންސިލުން ހުޅުމާލޭގައި ކެޓްޝެލްޓަރއެއް ބިނާކުރި ފަހުން އެތައް މަހެއް ފާއިތުވީއެވެ. އެތަނަށް ބުޅާތައް ގެންގޮސް ބުޅަލުގެ ނަޖިހުން މާލެ ސަލާމަތް ކުރަން ރައީސް މުއިއްޒު އެހުންނަނީ ހުރަސް އަޅައިގެންނެވެ. 

ބޮޑު ހޭދަކޮށްގެން ބުރަ މަސައްކަތުން ނުލާހިކު އަވަހަށް މާލެ ސިޓީ ކައުންސިލުން ބުޅާޝެލްޓަރ ހަދާ ނިންމާލިއެވެ. ބުޅާ ޝެލްޓަރ ހަދާ ނިންމާ އިރަށް މުއިއްޒު އެތަން ޖަހައިގަތީއެވެ. ސިޓީ ކައުންސިލަށް ދޮންކަޅު އަންގާ ނުލާ ބުޅާ ޝެލްޓަރ ހުޅުވާ މުއިއްޒު މެޑެލްޖަހާ ލިއެވެ. ސިޓީ ކައުންސިލުގެ ބުޅާ ޝެލްޓަރ ޖަހައިގަނެ މުއިއްޒު ކުރިކަމަކަށް ހަދާ މޮޅުކާލިއެވެ.

ކާޅު ހާލިހެދީމާ ކޮވެލި ބިސްއަޅާހެން ވެސް ބުޅާ ޝެލްޓަރ ސަރުކާރުން ހިންގާ ނަމަވެސް ރަނގަޅެވެ. މުއިއްޒު ބޭނުންވެގެން އުޅެނީ ބުޅާ ޝެލްޓައަކީ ވެސް ލާރިޖަހާ މެޝިނަކަށް ހަދާށެވެ. މުއިއްޒަށް ބޮޑުކަޓެއް ދޭގޮތަށް ބުޅާ ޝެލްޓަރ ހިންގަން ހަވާލުވާނެ ބަޔަކު ނުވެގެން ބުޅާ ޝެލްޓަރ އެހުރީ ތަޅުއަޅުވާފައެވެ.

ބުޅަލުގެ ނަޖިހުން މާލެ ތަތް ތެޅުނަސް އުންޑަނާރާ ކާރުކޮޅުގައި ކޮޅުކޮޅަށް ދުއްވެނިކޮށް މުއިއްޒަށް ވަރިހަމައެވެ. ބުޅާ ނަޖިހުން މުއިއްޒަށްވާ އުނދަގުލެއްނެތެވެ.  

]]>
Sun, 06 Apr 2025 19:58:08 +0500 އެޑިޓަރ
އިންޑިއާ އައުޓުން ޔާމީނަށް ލިބުނީ ކޮޅުކެހި! https://heerasnews.com/2848 https://heerasnews.com/2848 ރާއްޖޭގެ ވެރިކަމުގައި ހުރިއިރު އިންޑިއާ އައުޓު ކުރުމަކަށް ނޫޅެއެވެ. ހެލްކޮޕްޓަރ ދުއްވަން އައިސްތިބި އިންޑިއާ ސިފައިންކޮޅުގެ ވިސާ ހަމަވެފައި ތިބިއިރުވެސް ރައީސް ޔާމީނަކަށް އެމީހުން ފޮނުވައެއް ނުލެވުނެވެ. އެ ކެރުމެއް އެހިއްވަރެއް ނެތެވެ. އަނެއްކޮޅުން ރައީސް ޔާމީނު ވެރިކަމުގައި ހުރިއިރު އިންޑިއާއަށް ގޮސް އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ކޯސްޓްގާޑަށް އިންޑިއާއިން ކުޑަ މަނަވަރެއް ހޯދާ ސަރަހައްދު ބަލަހައްޓަން ހެލްކޮޕްޓަރާއެކު ބޭނުން ކުރުމަށް އިންޑިއާ އަސްކަރީ މަތިންބޯޓެއް ގެނެސް ރާއްޖޭގައި ބޭއްވެވުނުކަމުގެ ހަނދާނެއް ރައީސް ޔާމީނު ނެތެވެ. ރައީސް ޔާމީނަކަށް އޭރަކު އިންޑިއާ އަކީ މައްސަލައެއް ނޫނެވެ. އެންމެ ބޮޑަށް ޗައިނާ ޕްރޯވެގެން އުޅުނު އިރުވެސް ރާއީސް ޔާމީނަށް އިންޑިއާ އޯކެޢެވެ. 

ރައީސް ޔާމީނަށް އިންޑިއާ ގޯސްވީ ކޮވިޑާއެކު ރައީސް ސޯލިހުގެ ވެރިކަން ނިމިގެން ދާނޭ ކަމަށް ހީކޮށްގެން ހުއްޓާ އެހެން އެކަމެއް ނުވުމުންނެވެ. ރައީސް ސޯލިހު ގެ ވެރިކަން ހިފަހައްޓާ ދެނީ އިންޑިއާކަމަށް ގަބޫލުކޮށް އެކަމަކާ ރައީސް ޔާމީނު އައީ މާގަދަ ރުޅިއެކެވެ. އަރައިގެން ރުޅީގައި އިންޑިއާ އާއި ޖެހިގަތީ މާވަރަކަށެވެ. ރާއްޖޭ ބަނގުރޫޓްވެ ރައީސް ސޯލިހުގެ ވެރިކަން ނުވެއްޓުނު ސަބަބަކީ އިންޑިއާ ކަމަށް ދެކިގެން ރައީސް ޔާމީނުގެ ދުނިޔެ ރަންވެ އިންޑިއާ އައުޓް ޖެއްސީއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިންމާލީ ރައީސް ސޯލިހު ކަމަށް ދެކިގެން ރައީސް ސޯލިހު ދެކެވެސް ރައީސް ޔާމީނު އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެނެއް ކަމަކު ރައީސް ޔާމީނުގެ ވެރިކަން ނިންމީ ރައީސް ސޯލިހެއް ނޫނެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިންމީ ރައީސް ޔާމީނު އަމިއްލައަށެވެ. ފާޅުގައި އަނިޔާވެރިކަން އިސްކޮށް އަމިއްލައަށް ދުޝްމަނުން އުފައްދައިގެންނެވެ. ކައިރީގައި ތިބި ދެ ނާޒިމާއި އަދީބާއި ރައީސް މައުމޫނާއި 12 މެންބަރަކަށް އަނިޔާވެރި ވެގެންނެވެ. ކަމަކާނުލާ ދެ ފަހަރަށް ކުއްލިނުރައްކާ އިއުލާނު ކޮށްގެން ނެތް ހާލަތެއް ގައުމަށް ގެނެސްގެންނެވެ. ސްޕްރީމް ކޯޓުން ޓިނުނަގާ ފަޑިޔާރުން ހުރަގެއަށް ލައިގެންނެވެ. 

ރައީސް ޔާމީނުގެ ތަރި އޮއްސުނީ ރައީސް ޔާމީނު ވެރިކަމަށް ގެނެސްދިނުމަށް ޖާނާމާލުން ގުރުބާންވި ޑރ. ޝަކީލާއާއި އެމްވީކޭ ޝަފީގާއި ކުރަހާ ނަޖާހު ފަދަ އެތައް ބަޔަކަށް ކެހި ދިނުމުންނެވެ. މޭޑޭ މުޒާހަރާގެ ލީޑަރުންނާއި ބައިވެރިންގެ އެތައް ބަޔަކު ޖަލަށްލާ އެތައް ބަޔަކަށް ރާއްޖެ ދޫކޮށް ދިޔުމަށް މަޖުބޫރު ވުމުންނެވެ. މޭޑޭގެ ބައިވެރިއަކު ޖަލު އަނިޔާގައި ނިޔާވުމުންނެވެ. އަދީބު އިސްކޮށްގެން ދައުލަތް ދަވާލި ދަވާލުން އޮބިނޯވެގެންނެވެ. އެކަމަކާ ރައީސް ސޯލިހު ދެކެ ރުޅިއަންނާނެ ކަމެއް ނެތެވެ. 

   

ވެރިކަމުގެ މަސްތުގައި ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ރައީސް ޔާމީނު އަމިއްލައަށް ދަމައިގެން ޖެހިގަތް ގުއިރޯނަކީ"އިންޑިއާ އައުޓް"އެވެ. ފުރަތަމަ ދުވަހު ވެސްް އިންޑިއާ އައުޓަކީ ވާންއޮތް ކަމެއް ނޫންކަން ރަނގަޅަށް އެނގޭނެއެވެ. ރައީސް ޔާމީނު ވެރިކަމުގެ ބާރުގައި ހުރެގެން ކުރަން ނޫޅުނު ކަމެއް ވެރިކަމުގެ އާރާބާރު އަތުގައި ނެތި ކުރަން އުޅުނީ ދެވަނަ ދެ ކަމަކު ނޫނެވެ. ރައީސް ސޯލިހު ސަރުކާރާ މެދު ރައްޔިތުންގެ ތެރޭގައި ޝައްކާއި ވަހުމާ އިތުރުކޮށް ނަފްރަތު އުފައްދައިގެން ވެރިކަމަށް އެނބުރި އައުމަށެވެ. އާހިރުގައި ރައީސް ޔާމީނަށް ލިބުނީ ކޮޅުކެއްސެވެ. "އިންޑިއާ އައުޓް"ގެ ހުރިހާ މޮޅެއް ލިބުނީ ޑރ. މުއިއްޒަށެވެ.

]]>
Wed, 09 Oct 2024 11:36:00 +0500 އެޑިޓަރ
މުއިއްޒުގެ ނަމޫނާ ޝަހުސިއްޔަތު އުރުދުގާނާއި ބަގާވާތް https://heerasnews.com/2335 https://heerasnews.com/2335 ބަގާވާތް ކުރުމުގެ ނަމުގައި ޑިމޮކްރެޓިކް ހަމަތަކާއި އިންސާނީ ކަރާމާތާ ދެކޮޅަށް 2016 ވަނަ އަހަރު ތުރުކީގައި އުރުދުގާން ސަރުކާރުން ހިންގާފައިވަނީ އާދައިގެ ކަމެއް ނޫނެވެ. 300 އަށް ވުރެ ގިނަ މީހުން މަރުވެގެން ދިޔަ ހަދިސާ އަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ބޭނުމުގައި ތުރުކީގެ ރައީސް އުރުދުގާން ރާވައިގެން ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާއެކެވެ.

އިސްލާމް ދީނާއި ގައުމިއްޔަތުގެ ނަން ބޭނުންކޮށްގެން އުރުދުގާންގެ ވާދަވެރިން ފުހެލުމަށް ހިންގި އަނިޔާވެރި ޖަރީމާއެކެވެ. އުރުދުގާނުގެ އަނިޔާވެރި ކަމުގެ ސަބަބުން ހަމައެކަނި 300 މީހުން މަރުވީއެއް ނޫނެވެ. 2100 އަށްވުރެ ގިނަ މީހުން ބޮޑެތި ޒަހަމް ތަކުން ޒަހަމުވެ އެތައް ބަޔަކު ނުކުޅެދޭ ބަޔަކަށް ވެގެން ދިޔައެވެ. 

ތުރުކީގެ ރައްޔިތުންގެ މަޖީހަށާއި ކޯޓްތަކަށާއި ދައުލަތުގެ އެތައް މުއައްސަސާއަކަށާއި އަމިއްލަ އެތައް އިމާރާތަކަށް ބޮންއެޅިއެވެ. ރިޔާސީ ގަޑުވަރަށްވެސް ބޮން އެޅުވިއެވެ. 

ބަގާވާތް ކުރިކަމުގެ ތުހުމަތުގައި 40000 (ސާޅިސްހާސް) އަށްވުރެ ގިނަ މީހުން ހިފާ ހައްޔަރު ކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި 10000 (ދިހަހާސް) އަށްވުރެ ގިނަ ސިފައިން ހައްޔަރު ކޮށްލިއެވެ. އަނެއްކޮޅުން 2745 ފަނޑިޔާރުން ވެސް ހައްޔަރު ކުރިއެވެ. ގޮށްމުށުގެ ބާރުދެއް ކުމުގައި ފަނޑިޔާރެއް ސިފައިންގެ މީހެއް އުރުދުގާން ޕާލަމެންޓް މެންބަރެއް ނުބަލައެވެ. 

ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކާ އުރުދުގާނު ކޮށްފައި ނުކުރާ އެއްކަމެއް ނެތެވެ. ބަގާވާތާ ގުޅުވައިގެން ތައުލީމީ ދައިރާއިން 15000 (ފަނަރަހާސް) މުއައްޒަފުން ސަސްޕެންޑް ކުރިއެވެ. ސިޔާސީ ގޮތުން އުރުދުގަނާއި އިދިކޮޅު ލީޑަރަށް ވަފާތެރި ބައެއް ކަމަށް ބުނެ 21000 (އެކާވީސް ހާސް) ޓީޗަރުންގެ ކިޔަވާ ދިނުމުގެ ހުއްދަ ބާތިލު ކުރިއެވެ. 

ބަގާވާތް ކުރިކަމުގެ ތުހުމަތުގައި 40000 އަށްވުރެ ގިނަމީހުން ހިފާ ހައްޔަރުކުރި އިރު ބަގަވާތާ ގުޅުން ހުރި ކަމަށް ބުނެ 77000 (ހަތްދިހަހަތްހާސް) މީހުން ބަންދު ކޮށްފައިވެއެވެ. އަނެއްކޮޅުން 160000 (އެއްލައްކަ ފަސްދޮޅަސް ހާސް ) މީހުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެތައް ހާސް ބަޔަކަށް ބޭރު ގައުމުތަކުން ހިމާޔަތް ހޯދަން ޖެހުނެވެ. ވެރިކަމާ އާރާ ބާރަށްޓަކާ އަމިއްލަ ރައްޔިތުންނަށް ރަހުމެއް ކުލުނެއް އުރުދުގާނުގެ ނެތެވެ.  

ހުދުމުހުތާރުކަމާއި ޖައްބަރުކަން ދެއްކުމުގައި އުރުދުގާން އދ މަޖިލީހަކަށް އީޔޫއަކަށް ޑިމޮކްރަސީއަކަށް އިސްލާމީ އަހުވަންތަކާއި އިންސާނީ ކަރާމާތަކަށް ނުބަލައެވެ. ހެޔޮބަހެއް ބުނާ ކޮންމެ ބަޔަކީ އުރުދުގާނާ ސިޔާސީ ގޮތުން ދެކޮޅު ވާދަވެރި ފަތުހުއްލާ ގްލެންއަށް ވާގިދޭ ބަޔެއްކަމަށް ބުނެ ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލުކުރާ މީހަކަށް އުރުދުގާން ނުވިއެވެ. 

އުރުދުގާންގެ ހުދުމުހުތާރުމަން ނަގަހައްޓާ ދެމެހެއްޓުމަށްޓަކާ ހެދިގެން އުޅެނީ މާވަރުގަދަ އިސްލާމީ ލީޑަރަކަށެވެ. ދުނިޔޭގައި ތިބު އެހެން އިސްލާމީ ވެރިންނަށް ބަދުބަސް ބުނުމާއި ދީނުގެ ނަމުގައި ގަދަ ބަސް ބުނުން ނޫން ކަމެއް އުރުދުގާން ނުކުރެއެވެ. ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ގަތުލުއާއްމާ ގުޅިގެން ދުނިޔޭގެ އިސްލާމީ ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ކަންކަން ނުކުރާތީ އެގައުމުތައް ކުއްވެރިކުރުން ފިޔާވާ އުރުދުގާން ފަލަސްތީނަށްޓަކާ ކުރާ އެއްވެސް ކަމެއް ނެތެވެ. ފަލަސްތީނުގެ މައްސަލާގައި އެހެން އިސްލާމީ ވެރިންނެކޭ އުރުދުގާނެކޭ އެއްވެސް ތަފާތެއް ނެތެވެ. 

އުރުދުގާނަކީ އިސްލާމީ މާވަރުގަދަ ލީޑަރެއް ކަމަށް ބަލައިގަނެގެން އުޅެން ހެޔޮވާވަރުގެ މީހެއް ނޫނެވެ. އިންސާނީ ކަރާމާތާއި އިސްލާމީ އަހުވަންތަކަމާއި ޑިމޮކްރަސީއަކީ އުރުދުގާނުގެ ކުރިމަތީގައި އަގެއްހުރި ކަންކަމެއް ނޫނެވެ. އުރުދުގާނުގެ އަމާޒަކީ ތުރުކީގެ ވެރިކަމުގައި ދުނިޔެ އުމުރު ހުރުމެވެ. ރައްޔިތުންގެ މައްޗަށް ގޮށްމުށުގެ ބަރު ހިންގުމެވެ. ވާދަވެރި ސިޔާސީ ވެރިންނާއި ވާދަވެރި ފިކުރު ނައްތާލުމެވެ. އުރުދުގާނު ދާމަގުން ދާން މަސައްކަތް ކުރާ ކޮންމެ ވެރިއަކު ވެގެންދާނީ ގޮށްމުށުން ވެރިކަންކުރާ ޑިކްޓޭޓަރަކަށެވެ. ޑރ. މުއިއްޒު އަމާޒު ހިފާފައި އެހުރީ އުރުދުގާނާ އެއް މަގުން ދާށެވެ. ޑިކްޓޭޓަރަކަށްވެ އުމުރު ހުސްވަންދެން ވެރިކަމުގައި ހުންނާށެވެ.   

]]>
Mon, 18 Mar 2024 16:48:05 +0500 ހީރަސްނިއުސް
ސިޔާސީ ނާރެހުން ބިޔަ ބޮޑު ޕީޕީއެމްގެ ވަސް މުއިއްޒު ފުހެލައިފި! https://heerasnews.com/2261 https://heerasnews.com/2261 މުއިއްޒު ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް ނޫންކަމަށް ކުރީގެ ރައީސް ޔާމީނު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީނު ވިދާޅުވާ ގޮތުގައި ރާއްޖޭގައި ޕީއެންސީއަށްވުރެ ޕީޕީއެމްގެ އިހްލާސްތެރި މެމްބަރުން މާގިނަވާނެއެވެ. "ރާއްޖޭގައި އަދިވެސް ޕީއެންސީއަށް ވުރެން ތިން ހަތަރު ގުނަ ގިނައިން އުޅޭނީ ޕީޕީއެމްގެ އިހްލާސްތެރި މެންބަރުން." ކަމަށް ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީނު ރޭގައި ވިދާޅުވިއެވެ.

މުއިއްޒު ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް ނޫންކަން ސާބިތުކޮށް ދެއްވުމުގެ ގޮތުން ރައީސް ޔާމީނު ވިދާޅުވީ "ޕީޕީއެމަކުންނެއް އެއްވެސް ދާއިރާއަކަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް މެންބަރަކު ކުރިމައްޗެއް ނުކުރުވަ"އެވެ. ރައީސް މުއިއްޒުގެ އިހުލާސްތެރިކަން ނެތްވަރު ފާހަގަ ކުރެއްވުމުގެ ގޮތުން ރައީސް ޔާމީނު ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް އެއްވެސް ބޭފުޅަކަށް ޕީޕީއެމްޓިކެޓްގައި ކުރިމަތިލައްވާ ވާދަކުރެއްވުމަށް ފުރުސަތު މުއިއްޒު ނުދެއްވާކަމަށެވެ.

ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމުގައިވާ އަހުމަދު ޝިޔާމް އާއި ގައްއްސާން މައުމޫނަށް ވަޒީރުކަން ދެއްވައިގެން މުއިއްޒު ޕީޕީއެމް ހިސޯރު ކޮށްފައިވާ ކަމަށް މެރުންވާ ގޮތަށް ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުގައި މިހާރުވެސް ޕީއެންސީއަށްވުރެ ޕީޕީއެމްގެ މެމްބަރުން ގިނަވެފައި އިހްލާސްތެރިވާނެ ކަމަށް ވިދާޅުވިއެވެ. 

ޕީއެންސީ ވެރިކަމަށް އަންނަން އުޅުނުއިރު ދެއްކި ވާހަކަތަކާއި އަމަލާއި މުޅިން ތަފާތުކަމަށްވެސް ރައީސް ޔަމީނު ވިދާޅުވިއެވެ. ޕީޕީއެމް މެންބަރުން ޕީއެންސީއަށް ބަދަލުނުކުރާނެ ކަމަށް ބުނަމުން އައި ސަރުކާރުން ބައެއް ދާއިރާތަކުގައި ރަށު ކައުންސިލް ތަކާއި ސްޓެއަރިން ކޮމިޓީތައް އެކީ އެކަށް ޕީޕީއެމުން ޕީއެންސީއަށް ބަދަލު ކޮށްލިކަމަށް ޔާމީނު ވިދާޅުވިއެވެ.

ޕީޕީއެމްގެ ހިއްވަރާ ތާއީދާއި މަސައްކަތުން ގެނައި ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތެވެ. ރާއްޖޭގެ ރައީސާއި ނައިބު ރައީސާ ދެ ބޭފުޅުންކުރެ އެއް ބޭފުޅަކުވެސް ޕީޕީއެމަށް ނިސްބަތެއް ނުވެއެވެ. ބައިލައްކައަށް ވުރެ ގިނަ މެންބަރުން ހިމެނޭ ޕީޕީއެމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ތަމްސީލު ކުރުމުގެ ފުރުސަތެއް ނެތެވެ. ޕީޕީއެމްގެ ކޮނޑުމަތިން ވެރިކަން ހޯދާ ރާއްޖޭގެ ސިޔާސީ ނާރެހުން ބިޔަ ބޮޑު ޕީޕީއެމްގެ ވަސް މުއިއްޒު ފުހެލައިފިއެވެ. 

]]>
Wed, 14 Feb 2024 16:12:06 +0500 ހީރަސްނިއުސް
ގާސިމަށް ބައިއަޅައިގެން ހަފާކާން މުއިއްޒަށް ފަސްއަހަރު ދެވޭކަށްނެތް https://heerasnews.com/2229 https://heerasnews.com/2229 ގާނޫނީ ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒަލު ކުރެވޭނެ ކަމަށް ލިޔެފައި އޮތީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރިޔާސަތުގައި ގާސިމު އިބްރާހީމް އިނދެގެން ފާސްކުރި ގާނޫނު އަސާސީގައެވެ. އެ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތާއި ޑިމޮކްރަސީގެ ހަމަތަކުން އިންތިހާބުކުރި ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ބަގާވާތަކުން ވައްޓާލީވެސް ގާސިމް އިބްރާހީމް އިސްވެ ހުރެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރިމީހަކު ގާނޫނީ ހަމަތަކުގެ މަތިން  އަޒަލު ކުރާން އުޅެން ފެށީމާ ގާސިމަށް ތިޔަހުރެ ވާވަރެއް ދޮތައެވެ. ޑރ. މުއިއްޒު ވެރިކަމަށް އަރާހުރީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތާއި ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ކަމަށް ގާސިމަށް މި ދުވަސްކޮޅު އެބަ ފެނެއެވެ. ގާސިމަށް ފެންނަ ގޮތް ބަދަލުވާނީ އަމިއްލަ އަންބޮޑިއަށް ލާންއުޅޭ އެއްޗެއް ނުލެވޭގޮތް ވުމުންނެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނު ވެރިކަމަށް ހޮވުނީމާ ވެސް އެފާޑަށް މާޑިމޮކްރެޓިކް ވެގެން ރައްޔިތުންގެ ނިންމުންވެގެން ގާސިމު އުޅެގަތެވެ. އެކަމަކު ރައީސް ނަޝީދު ވެރިކަމުން ވައްޓާލަން ނިކުތްއިރު ގާސިމު އެ ބުނާ ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތާއި ޑިމޮކްރަސީގެ ހަމަ އޮތީ ދެއަތަށް އެނބުރޭ ބޯނެއް ބުރުމާއެއްގެ ސިފައިގައެވެ. 

ވެރިކަމުން މީހަކު އަޒުލު ކުރެވޭނީ ވެރިކަމަށް އަރާތާ ކިހާ ދުވަހެއް ވީމާ ކަމަކަށް ގާސިމުމެން ހެދި ގާނޫނު އަސާސީގައި ލިޔެފައެއް ނެތެވެ. ފަސް އަހަރަށް ރައްޔިތުން ރައީސަކު އިންތިހާބު ކުރުމަކީ އެ މީހަކު ހަދާނެ އެއްޗެއް ހަދަން 5 އަހަރަށްދޭ ލައިސަންސެއް ކަމަކަށް ގާނޫނު އަސާސީއަކު ނެތެވެ. މުއިއްޒު ވެރިކަމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަހޭ ކިޔައިގެން މާ ހަމްދަރުދީ ވެގެން ގާސިމެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. 

މުއިއްޒުގެ ވެރިކަމުގެ ތެރެއިން ގާސިމު ކަޅާކޮށްލަން ބޭނުން ބައިވަރު ގަނޑު ކަޅާކޮށް ނުލެވެނީސް ވެރިކަން ވެއްޓިގެނެއް ކަމަކު ނުދާނެތާއެވެ. މުއިއްޒު ގާނޫނާ ހިލާފަށް ކަމެއްކުރާ ކަމަކަށް އަދިއެއް ގާސިމަކަށް ނުވާނެއެވެ. ގާސިމަކީ އަންނަ ކޮންމެ ވެރިކަމެއް އަންނަތާ ކުރީކޮޅު އެވެރި ކަމަކާ ބައިވެރިވެގެން ދައުލަތް ނޮޅާލަން ވައިޖަހާގެން ދައުލަތް އިރާލައިގެން ކާމީހެއްކަން ނޭނގޭ އެކަކު ނެތެވެ. ގާސިމު ބޭނުންވާ ގޮތަށް ހަމަ އެންމެ ކަމެއްވެސް ނުވާއިރަށް މޮޔަގެރިއެއްހެން ދުއްވައިގަންނަނީ ވެރިކަން ވައްޓާލަންކަން މީހުންނަކަށް ނޯޅެއެވެ. 

ރައީސް އަޒުލު ކުރުމަކީ ނިމެމުންދާ މަޖިލީހަކުން ނުކުރެވޭނެ ކަމެކޭ އޮތީ ގާނޫނު އަސާސީގެ ކޮންތާކުހެއްޔެވެ. ގާނޫނު އަސާސީގެ ބަފަޔަށް ހެދިގެން މާ ޑިމޮކްރެޓިކް ވެގެން ގާސިމެއް ކަމަކު އުޅެން ނުހަދާށެވެ. ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ގައުމުގެ ހީރަސް ކަނޑުވާލާ، ރައީސް ނަޝީދު ބަގާވާތަކުން ވައްޓާލާ، ރައީސް ޔާމީނު ބޮލަށް ފިތާލަން ރިޝްވަތު ދީގެން ފަނޑިޔާރުގެއަށް ދަނޑި ބާނައިގެން އުޅުނު ހަދާން ނެތުނީ ހެއްޔެވެ. ގާނޫނޭ ޑިމޮކްރަސީއޭ ރައްޔިތުންގެ ނިންމުމޭ ކިޔައިގެން ކޯތަޅުވަން ގާސިމު ތާހިރެއް ނޫނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމުގެ ސައިޒް ރައްޔިތުން ވަނީ ގާސިމަށް ދައްކާ ލާފައެވެ. އަދިވެސް ހިފިނުހުރެގެން ދައުލަތް އިރާކާން މުއިއްޒުވެގެން އުޅެން ގާސިމަށް ފުރުސަތު ދެވޭކަށް ނެތެވެ. ގާސިމަށް ބައިއަޅައިގެން ދައުލަތް ހަފާކާން ފަސް އަހަރު ދުވަސް މުއިއްޒަށް ދެވޭކަށް ނެތެވެ.

]]>
Wed, 31 Jan 2024 14:09:15 +0500 ހީރަސްނިއުސް
މާލެ ސިޓީއަށް ޢާޒިމާ ނެރުނީ ރައީސް ޔާމީންގެ ވިސްނުމުން!؟ https://heerasnews.com/2180 https://heerasnews.com/2180 ޢާޒިމާ ޝަކޫރަކީ މިހާތަނަށް ވޯޓަކުން ރައްޔިތުންގެ ރުހުން އޮތް ކަނބަލަކަށް ނުވިޔަސް ބަންޑާރަ ނައިބު ކަމާ ހޯމް މިނިސްޓަރ ކަމަކީ ރައީސް މައުމޫންގެ ފުށުން އާޒިމާއަށް ލެއްވި ބޮޑެތި ނަޞީބެވެ. ކުރުކޮށް ބުނާނަމަ ޢާޒިމާ, ޢާޒިމާ އަކަށް ހެއްދެވީ ރައީސް މައުމޫނެވެ. ނަމަވެސް ސިޔާސީ ގޮތުން ރައީސް މައުމޫނާ ކޮއްކޯފުޅު ރައީސް ޔާމީން މުޑިއެރި ވަގުތު އާޒިމާ ރައީސް މައުމޫނާ ފޭވެ ރައީސް ޔާމީނާ އަރިސްވެ ވަޑައިގަތީ އެވަގުތު ރައީސްކަން ލިބިވަޑައިގެން ހުންނެވި ބޭފުޅަކީ ރައީސް ޔާމީން ކަމުގައި ވާތީ ކަމުގައި ވެދާނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ގާނޫނީ ބޮޑުތެލިން ކެއްކި ހުރިހާ އެއްޗެއް ރޯފިލުވީ ޢާޒިމާގެ ލީގަލް މިނިސްޓަރ ކަމުގެ ބޮޑު މަގާމުގައެވެ.

ކޮންމެ އަކަސް ރައީސް ޔާމީނަށް ވެރިކަން ނެތި ޖަލު ހުކުމެއްގައި ހުންނެވި އިރު އެމަނިކުފާނުގެ ހައްގުގައި އާޒިމާގެ އަޑެއް ބަޑެއްނެތި ދައުރެއް ނިމިދިޔައެވެ.

ތިމަން ކަމަނާ ސިޔާސީއެއް ނޫންކަން ދައްކަވަމުން ގޮސް ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާ އެކު ހެދިކާ ހެއްދެވި ޢާޒިމާ ކުއްލި އަކަށް ސިޔާސީ ޢާޒިމާގެ ގޮތުގައި ފާޅުވީއެވެ. 

މިހިސާބުން އެނގެން އޮތް ކަމަކީ މީހެއްގެ ވެރިކަން ނެތޭ އިރަށް ޢާޒިމާ އެ މީހަކު ދޫކޮށްލާ ވެރިކަން އޮތް މީހާއާ އެއްކޮޅަށް އަރާ ކަމެވެ. މިހާރު އެހުންނެވީ މުއިއްޒުގެ ރައީސް ކަމުގައި އެރޮނގުން ތަށި މިލްކު ކުރައްވައިގެންނެވެ.

ބަލިކަލޯ ބޮލަށް ތުޅާ ޖެހުމަށް ފަހު އަބަދު މޮޅު ހޯދަން އުޅޭ މީހަކާ މެދު ރައްޔިތުންގެ ގިނަ މީހުން ގަޔަކާ ނުވާނެއެވެ. އެކަން މިއޮތީ މޭޔަރު އިންތިޚާބުން ހާމަވާށެވެ.

ރައީސް މުއިއްޒަށް އާޒިމާ އެނގިވަޑައި ނުގަތަސް މާލޭ ގިނަ މީހުންނަކަށް ޢާޒިމާއެއް ނުއޮޅެއެވެ. ވޯޓެއް ލައިގެން ހޮވަންޏާ ސްކޫލް ޕީޓީއޭއަށް ވެސް ނުހޮވޭ ޒާތުގެ މީހަކު މި މުހިންމު އިންތިޚާބުގައި ޕީއެންސީން މާލޭގެ މޭޔަރު ކަމަށް ނެރުނީ ރައީސް މުއިއްޒުގެ ވިސްނުމަށް ނަމަ އެ މަނިކުފާނުގެ ވިސްނުން ކޮއްޓެވެ. ނުވަަަތަ މާލޭގެ މޭޔަރު ކަމަށް ޢާޒިމާ ނެރުނީ ޕީއެންސީގެ މީހެއް ނުވަތަ ބައެއްގެ ލަފަޔަށް ނަމަ އެއީ ކަނޑައެޅިގެން އެނގި ތިބެ ރައީސް މުއިއްޒަށް ލަނޑެއް ދޭން ކުރިކަމަކަށް ވެދާނެއެވެ.

މިކަން މިހެން ވުމުގައި އޮތުން ގާތީ 2 ސަބަބެކެވެ. ފުރަތަމަ ސަބަބަކީ މިކަން މިމަގުން ހިންގާފައި މިވަނީ 7 ވަލު ކޮޅުން ނަމަވެސް ރައީސް ޔާމީނަށް ވަފާތެރި ބަޔަކު މާސްކް އަޅައިގެން މުއިއްޒު އަރިހުގައި ތިބީއެވެ.

ނޫނީ ކުށުގެ ރެކޯރޑް ހުރި މީހުންނާ އެގޮތް މިގޮތުން އެކަށީގެން ނުވާ މީހުންނަށް ސިޔާސީ މަގާމު ވިއްކާހެން ރައީސްއަށް ދޮންކަޅު އަންގާ ނުލާ މުއިއްޒުގެ އަރިސް ބަޔަކު އާޒިމާއަށް ޓިކެޓް ވިއްކާލީއެވެ.

އަޑުތައް ހުރި ގޮތުން ވެރިކަން ކުރާ ޕާޓީން މަޖިލިހަށް ނުކުންނަން ތިބި މިބުނި ފަދަ އެކަށީގެންނުވާ އެތައް ބަޔަކަށް ވެސް ޕްރައިމަރީގައި ވާދަ ކުރުމާ މަޖިލިސް ޓިކެޓް ވިއްކުމުގެ ކަންކަން އެތަނުގައި ދަނީ ހިނގަމުންނެވެ.  

ރައީސް ޑރ މުއިއްޒު ވާނުވާގައި ހުންނަވައިފި ނަމަ ހޭވެރިކަން ވާނީ  ފެތެމުން ގޮސް ނޭފަތާ ހަމައަށް ފެންއަރާ ނޭވާ ނުލެވެން ފެށީމައެވެ. 

ވެރިކަމަށް ދެމަސް ނުވަނީސް ކެޕިޓަލް ސިޓީގެ ވޯޓުން ރައީސް މުއިއްޒު ބަލިވީމާ އެއީ ލައްކަ ބޮޑަށް ބަލިވީއެވެ.

ދަންނާށެވެ. ވެރިކަން ފެށުމަށްފަހު ހިނގާ ކޮންމެ ދުވަހަކީ އެކަކުގެ ރުހުން ލިބުނިއްޔާ 3 މީހުންގެ ނުރުހުން އެވެރިޔަކަށް ލިބޭނެ ދުވަހެކެވެ. މިހާ ކުރީކޮޅު މޭޔަރު އިންތިޚާބުން މިލިބުނު މިންގަނޑުން ހިސާބު ހަދާނަމަ ޑރ މުއިއްޒުގެ ވެރިކަމުގެ މުއްދަތު ލައްކަ ކުރޭ މިހާރު ހީވާން ފަށައިފިއެވެ.

]]>
Sun, 14 Jan 2024 10:23:59 +0500 ހީރަސްނިއުސް
މުއިއްޒަށް ނޫސްވެރިކަން ސައިޒެއް ނުކުރުވޭނެ! https://heerasnews.com/2128 https://heerasnews.com/2128 މައުލޫމާތާ ހަބަރު ފަތުރާ ސައިޓްތައް ވެރިކަމަށް ފާޑުކިޔާތީ ބްލޮކް ކުރެވިދާނެއެވެ. ނޫސްތައް އުވާލާ ނޫސްވެރިން ސަސްޕެންޑް ވެސް ކުރެވިދާނެއެވެ. ނޫސްވެރިންނާ ހިޔާލު ފާޅުކުރާ މީހުން ހައްޔަރު ވެސް ކުރެވިދާނެއެވެ. ބްލެކްމޭލުކޮށް ފްރޭމު ވެސް ކުރެވިދާނެއެވެ. ނޫސްވެރިންނަށް ހަމަލާދީ ޒަހަމްކޮށް އަތްފައި ބުރިކޮށް މަރާ ވެސް ލެވިދާނެއެވެ. ނަމަވެސް އިދިކޮޅު ފިކުރު ފުހެއެއް ނުލެވޭނެއެވެ. ދުލާ ގަލަމުގެ ބާރު ކަނޑުވައެއް ނުލެވޭނެއެވެ. ތަފާތު ހިޔާލު މަރައެއް ނުލެވޭނެއެވެ.

އިހުތިރާމާއި ލޯތްބާ އިއްޒަތަކީ އޮބި އަޅައިގެން ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. ކަމެއް ގޯސްކޮށް ކުރީމާ އެކަމެއް ކުރިބަޔަކު ގޯސްނުވެ ގޯސްވަނީ އެ ވާހަކަ ދައްކާ މީހާއެވެ. ބުރިކުރަން އުޅެނީ އެވާހަކަ ދައްކާ ދުލެވެ. އަތުލަން އުޅެނީ އެވާހަކަ ލިޔާ ގަލަމެވެ. ބްލޮކް ކުރަން އުޅެނީ އެ ވާހަކަ ހާމަކުރާ ސައިޓެވެ. އުވާލަން އުޅެނީ އެ ވާހަކަ ދައްކާ މީޑިއާއެވެ. ގޮށްމުށުގެ ވެރިއެއްގެ ކިބައިން އެންމެ ބޮޑަށް އެންމެ އަވަހަށް ފާޅުވަނީ އެސިފައެވެ.

ތަން މިނަށް ލިބިއޮތް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ވެރިކަން ހޯދުނީމާ ބިރު ގަންނާނެއެވެ. ހެދުނުހާ ވަގާ ދޮގާ މަކަރު ފަޅާ އަރަންޏާ ފައިތުރުތުރު އަޅާނެއެވެ. ހީލަތާ މަކަރުން ޕާޓީ ޓިކެޓް ފޭރިގަނެ ބަޔަކު މީހުންގެ ރޫހީ ލީޑަރ ބަންދުގައި ހުރުމުން ހިތްދަތި ކަމުގައި ތިބި ވަގުތުގެ ނާޖާއިޒު ފައިދާ ނަގައިގެން އެމީހުންގެ ހިތްދަތިކަމަށް ތަސައްލީ ހޯދާދިނުމުގެ ދޮގު ވައުދުން ހޯދި ބާރުގެ ހަގީގީ ސިފަ ފާޅުވާން ފެށީމާ ހަޖަމެއް ނުވާނެއެވެއެ. ހުސްގޮނޑިއާއި ހިޔަނީގައި ހުރި ބޮޑު ފޮޓޯގެ ހަދާން މީހުނަށް އައުކޮށްދޭ ވަރަކަށް ރުޅި ގަދަވާނެއެވެ.

ދޮގުރެހުން ހުއްޓާ ނުލާ ފެތުރިހާ ދޮގުގެ ޖާދޫގައި ދުނިޔެ ރަންވީ މީހުންގެ ލޮލުގައި ބަނދެވިފައިވާ ކަނު މޮހެވި ލޯހުލުވާ ލެވުނުއިރު އޮޅުކޮށްގެން ގެއަށް ލައިގެން މިތިބެވެނީ ގެރިހަން ލައިގެން އޮތް މިނިކާ ވަގެއްކަން އެނގެން ފެށީމާ ވައްވައް ޖަހާނެއެވެ. އަތުޖެހުނު މީހަކު ވީދާ ނޮޅާ ކައި ހުސްކޮށްލާނެއެވެ. އެހެން ނޫނީ މިނިކާވަގު މިނިކާ ވަގަކަށް ނުވާނެއެވެ.

މުއިއްޒު ވެރިކަން ހޯދުމަށް ފަސާދަ އުފައްދަން ބޭނުންކުރީ މީޑިއާއެވެ. ކުރީ ސަރުކާރުގެ އެސްއޯއީ ތަކުން އެތަންތަން މާރކެޓް ކޮށްދޭން ފައިސާ ނަގައިގެން އެކަންނުކޮށް އޭރުއޮތް ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި މީޑިއާތަކާ ދެކޮޅަށް އޭރުއޮތް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައެވެ. އޭރު މީޑިއާ ތަކުން ކުރީ ކުރާނެ ކަމެކެވެ. ދެއްކީ ދައްކާނެ ވާހަކައެވެ. ކުރީ ސަރުކާރުން އެކަން ހަޖަމު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޑީލްހަދައިގެން މުއިއްޒު ކެބިނެޓްގެ ވަޒީރުކަމަށް ދަންދެން މީޑިއާ ހެޑުން އެތިބީ ހޯދައިގެނެވެ. 

މީޑިއާ އެބިއުސްކޮށްގެން ވެރިކަމަށް އެރިގޮތަށް އަރާ ދިމާކުރީ ތަފާތު ފިކުރުެ މީޑިއާ ތަކާއި ނޫސްވެރިން ފުޑާލާށެވެ. އެންމެ ފުރަތަ ހަމަލާ ދިޔައީ ޕީއެސްއެމް ނިއުސް ހެޑް އަފްސަލް އަށެވެ. އެންމެ ފަހުން Dhiyavaru.com އާއި kurusee.com އަށެވެ. ކުރިކަންތައް ހަލާލުކޮށް ދިފާއު ކުރަން ސަރުކާރުން ނިކުތީ ޗީފް ސްޕޯކްސް ޕަރސަން ޝަހީބެވެ. ވިދާޅުވީ ގަވައިދުން ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް މީޑިއާ އަކަށް ފިޔަވަޅު ނާޅާ ވާހަކައެވެ.

ކިތަންމެ އޮފެއް ކޮށްގެން ހަމަޖެހޭ ހިތްތިރި ރަހުމަތްތެރި ކަމެއް ދައްކައިގެން ހުއްޓަސް ޝަހީބަކީ ބްރޮޑްކަމްގެ ރައީސަކަށް ހުރެ މީޑިއާތައް މިލިޔަނުން ލައްކައިން ޖުރުމަނާކޮށް ބަންދުކުރަން އުޅުނު މީހެއްކަން ހަނދާން ނެތޭހާ ނޫސްވެރިން ހަނދާން ބައްޔެއް ނޫނެވެ. ތިމާ ނޫން އެހެން މީހުންނަކީ ނޫސްވެރިކަމުގެ އުޑެއް ބުޑެއް ނޭނގޭ މީހުން ކަމަށް ހަދައިގެން އުޅުނު ފިސާރި މަވެތި މީހެއްކަން ނޭގޭ އެކަކު ނެތެވެ. އެފަދަ މީހެއްގެ ފަރާތުން ނޫސްވެރިކަމަށް ހެވެއް ރަނގަޅެއް ވެދާނެ ކަމަކަށް ދެކޭނެ ނޫސްވެރިއަކު ރާއްޖޭގައި ހުންނާނެއެކޭ ހިތަކަށް ނާރައެވެ. 

އެކަކުވެސް ފަހަތަށް ނުޖެހޭށެވެ. ފާޑުކިޔާށެވެ. މައުލޫމާތު ހިއްސާ ކުރާށެވެ. ފުރުސަތު ނެތިގެން ބުނަންޖެހޭ ވާހަކަ ނުބުނެ ނުހުންނާށެވެ. ބަޔަކަށް ފޮޅިއެކޭ ހީވިޔަސް ފުރުސަތުނެތް ކޮންމެ މީހަކަށް ހީރަސް ނިއުސް ގައި ޖާގަ އޮންނާނެއެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ކޮންމެ ވާހަކައެއް އިޖުތިމާއީ މިންގަޑަށް ފެތޭ ގޮތަށް މި ނޫހުން ފޯރުކޮށް ދޭނަމެވެ. މަސްދަރު ރައްކާތެރި ކޮށްދެވޭނެ ކަމުގެ ކަށަވަރުކަން ވެސް ދެމެވެ. 

]]>
Fri, 22 Dec 2023 17:00:28 +0500 ހީރަސްނިއުސް
ހުސްގޮނޑީގެ ޖަޒްބާތު https://heerasnews.com/2086 https://heerasnews.com/2086
  • ހީރަސްނިއުސް ގެ އެޑިޓޯރިއަލް ޕޮލިސީއާ އެއްގޮތަށް ކިޔުންތެރިން ފޮނުވާ ލިޔުންތައް ޝާއިއު ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.
  • ހީރަސްނިއުސް ގައި ޝާއިއު ކުރަން ލިޔުންތައް ފޮނުވާނީ editor@heerasnews.com ނުވަތަ ވަޓަސަޕް 7500808 އަށެވެ. 
  • ހީރަސްނިއުސް އަށް ލިޔުން ފޮނުއްވާ ފަރާތްތަކުގެ ވަނަވަރު ހާމަކުރެވޭނީ އެފަރާތަކުން އެދޭ މިންވަރަކަށެވެ. 
  • ހިރަސްނިއުސް ގެ ލިޔުންތަކުގެ ހުރިހާ މަސްދަރެއް ހިމާޔަތްކޮށް ރައްކާތެރި ވެގެންވެއެވެ. 
  • ނަތީޖާ ނެރުމަށް ދެއްކީ ހުސްގޮނޑިއެކެވެ. ހުސްގޮނޑީގެ އަގު މިނެލެވުނީ ވިސްނުންކޮށި ބަޔައެއްގެ މެދުގައި ޖަޒުބާތުގައި ޖައްސާށެވެ. ރަށްވަށާ ފޮޓޯގަނޑެއް ދައްކަމުން، އިތުރު ހަމްދަރުދީގެ ރޫހެއް އުފެއްދީ ޖަލުހުކުމް ނިންމާދޭނެކަމުގެ ހުވަފެން ދައްކާއިގެންނެވެ. އެއީ އޭރުގެ ހާލަތެވެ. ދޮގެއްގެ ފަހަތަށް މޮޅެއްގެ ބޭނުމުގައެވެ.

    ވެރިކަމުގެ ބާރު ލިބުން ނޫން ގޮތަކަށް އެއްވެސް ކަމެއްގެ ހައްލެއް ނެތްކަމަށް ރައްޔިތުންނަށް ވިސްނާދެމުން ގެންދިޔައެވެ. ޖަލްސާތަކުންނާއި މަގުމަތީ ޕޯސްޓަރުތަކުންނާއި ނޫސްތާކާއި ސޯޝަލްމީޑިއާގައި ރަތްރޮނގު ހުރަސް ކުރަމުންނެވެ. 

    ބޭރުގެ ސިފައިން ތިބިކަން ހާމަކޮށްދީ ބިރުގަންނަވާލީ އަމަށަކުން ނޫނެވެ. ބަޔަކުނެރެ އެމީހުންގެ ދިރިއުޅުން މަގުމަތި ކޮށްލައިގެން އުޅުނު މަންޒަރުވެސް ދުށީމެވެ. ބޭނުމަކީ ޖަލުބަންދު ހަރާމް ހުކުމެއްކަމަށް ވިސްނާދިނުމެވެ.

    ނަތިޖާ ބަދަލުވީ މަޑިސީލަ ޓެގް އަޅުވައިގެން ކުޅުނު ޑްރާމާގެ ހިއްޗަށެވެ. މޮޅުވީ ގޮނޑިލިބުން ކުދިންކޮޅެވެ. ބޮޑިބަތް ކެއްކުމަށް ލޯ ފިއްސައިގެން ބޯ ދުންގަޑުގެ ތެރޭގައި އުޅުން ކުދިންކޮޅަށް ލިބުނީ ތެލިފޫކެހުމެވެ. އައިނައި ތަނެއް ނޭނގޭ ބަޔަކު ބޮޑުންނަށްވެ ބޮނޑިބަތުން ބަނޑު ފުރާލައިގެން ބޯ ދުންގަޑެއްގެ ތެރަށް ގެއްލުނީއެވެ. ހުސްވީ ދުފާތަބެކެވެ. ގަޑި އޮޅުނީ ބޯޅަކުޅެންދާ ކުދިންނަށެވެ.

    ]]>
    Sat, 09 Dec 2023 12:12:39 +0500 ހީރަސްނިއުސް
    ކޮންޓެރެކްޓް އާކޮށް ވީވަރަކުން މުވައްޒަފުން ހިފަހައްޓަން ފެނަކައަށް އެންގެވި https://heerasnews.com/2122 https://heerasnews.com/2122 ކޮންޓެރެކްޓް އާކޮށް މުވައްޒަފުން ވީވަރަކުން ހިފަހައްޓަން ފެނަކައަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

    ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިިއްޒު ވިދާޅުވީ ފެނަކައަކީ ވަރަށް ބޮޑަށް ދަރަނި އޮތް ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން ބަލަނީ ވީވަރަކުން ދަރަނި މެނޭޖް ކުރެވޭތޯ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފެނަކަ އިން ހިންގާ އެކި މަޝްރޫޢުތަކަށް މީހުން ނަގާފައިވަނީ މިދިޔަ ނޮވެމްބަރ 30 ގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ އުސޫލުން ކަމަށެވެ. އެހެންކަމުން، އެ މުއްދަތު ހަމަވުމުން މުވައްޒަފުންނާއެކު ހަދާފައިވާ އެެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން ނިއްމައި ފެނަކައަށް ނެގި ބައެއް މުވައްޒަފުން ދޫކޮށްލެއްވީ އެ ރަށްރަށުގައި މަސައްކަތެއް ނެތުމުން ކަމަށެވެ. އަދި އެ މުވައްޒަފުންނަކީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި ކެމްޕެއިނަށް ނަގާފައި ހުރި މީހުން ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.

    އެފަދަ މުވައްޒަފުން ދޫކޮށްލުން އެއީ ސަރުކާރު ޒިންމާދާރު ނުވުން ނޫން ކަމަަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފެނަކައިގެ ކޮންޓެރެކްޓް ހަމަވާ މުވައްޒަފުންގެ ކޮންޓެރެކްޓް އާކޮށް ވީ ވަރަކުން މުވައްޒަފުން ހިފެހެއްޓުމަށް އަންގަވައިފައިވާނެ ކަމަށެވެ.

    "މުއްްދަތު 30 ނޮވެމްބަރަށް ހަމަވީމަ ދޫކޮށްލީ ބައެއް ތަންތަނުން، ދެން އެއީކީ ޒިންމާދާރު ނުވުމެެއް ވެސް ނޫން، އެކަމަކު ރީކޮންޓެރެކްޓްކޮށް ކޮންޓެރެކްޓް އަލުން ހަދަން ވެސް އަޅުގަނޑު ދަންނަވާފައިވާނީ، ވީ ވަރަކުން ހަމަ ނަގާށޭ އަދިވެސް ދޫކޮށްނުލައި. އެކަމަކު ކުންފުންޏަށް އެެއްގޮތަކަށް ނުކަތަންޏާ އާނުކޮށް ބައެއް ތަންތަނުން ދޫކޮށްލާ. އެކަމަކު ވީ ވަރަކުން ހިފަހައްޓަން އަންގައިފައިވާނީ." ރައީސް ވިދާޅުވިއެވެ.

    ]]>
    Fri, 08 Dec 2023 22:30:49 +0500 ހީރަސްނިއުސް
    ވެރިކަމާ ކައިރި ވީވީހެން މުއިއްޒުގެ ރާގު ބަދަލުވުން https://heerasnews.com/2009 https://heerasnews.com/2009 " ޑޭވަން " ގައި އެއް ކަންފަތުގައި ހިފާ ހޫރާލަން ބުނި މީހުން ހޫރާލުން ހަފްތާއިން ސަތޭކަ ދުވަހަށް ބަދަލުވީއެވެ. ސަތޭކަ ދުވަހުން އަހަރަށް ވެސް ބަދަލު ވާނެއެވެ. އަހަރު ފަސް އަހަރަށް ދެމިގެން ނުގޮއްސިޔާ ކިތަންމެހާ ވެސް ރަގަޅެވެ.

    އާނއެކެވެ. ފޮރުވާނެ ހަމައެކައްޗެއްވެސް އޮވެގެން ނުވާނެއެވެ. ބަޑި ގުދަނުގައި އުންޑަ ހުންނަވަރު ވެސް ސިއްރުކޮށްގެން ނުވާނެއެވެ. ހަތިޔާރު ހުންނަވަރާއި އެތަކެތި ހުންނަ ތަންނަނާއި އެތަންތަނަށް ވަދެވެން ހުންނަ ގޮތާއި ތަޅުދަނޑިތަކާއި ޕާސްވޯޑް ތަކަށް ދަންދެން އޮންނަން ވަނީ އަވީލާފައެވެ. ޓެރެރިސްޓުންނަށާއި ހެކަރުންނަށް އުނދަގުލެއް ނެތި ސަލާމަތީ އޮޅިގަނޑުތައް ހުރަސްކޮށްލެވޭ ވަރަށް ކަންކަން ހާމަ ނުކޮށެއް ނުވާނެއެވެ. 

    ދޭދޭ ގައުމާއެކު ހެދިފައި ހުންނަ އަސްކަރީ އެއްބަސްވުންތައް ވެސް އޮންނަން ވާނީ ހުޅުވާ ލެވިފައެވެ. އަދާވާތްތެރިންނާއި ދެކޮޅުވެރިންނާއި ޓެރެރިސްޓުންނަށް ފަސޭހަ ކަމާއެކު ދިފާއު ފޫއަޅުވާލެވޭ ގޮތަށް ހުރިހާ ކަމެއް ހާމަކޮށެވެ. މިނިވަން ކަމާއި ސިޔާދަތު ދިފާއުކޮށް ރައްކާތެރި ކުރަން ފަސޭހަ ވާނީ އޭރުންނެވެ.

    ބިމަށް ފެންނާނީ ގަހަށް ފެންނަ ގޮތަކަށް ނޫނެވެ. މަޅުމައްޗަށް ނުފެންނަ ދުރު ކުނބު ކުރިއަށް ފެންނާނެއެވެ. ވެރިކަމުގެ ގޮނޑީގައި އިށީދެވުނީމާ ކަންކަން ފެންނާނީ މަގު މަތީގައިހުރި އިރު ކަންކަން ފެނުނު ގޮތަކަށް ނޫނެވެ.

    މަގުމަތީގައި ތިބޭއިރު ސިޔާސީ ބޭނުމުގައި ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ވެސް ދެއްކި ދާނެއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ވާހަކައަކީ ވެސް އެޒާތުގެ ވާހަކައެކެވެ. މުއިއްޒު ވެރިކަމާ ކައިރި ވީވީހެން ވާހަކައިގެ ރާގު އަންނަނި ބަދަލުވަމުންނެވެ. ވެރިކަމަށް އަންނަ ގޮތަށް ބޭރުކުރަން ބުނި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ވާހަކަ ދައްކައިގެން ކުރަން އޮތް ކަމަކަށް ބަދަލު ވެއްޖެއެވެ. އިންތިގާލީ މަރުހަލާގައި އުޅުނީ ތިބި އަދަދެއް ނޭނގިގެވެ. ވެރިކަމަށް ހުވާކުރީމާ ތިބިއްޔާ ތިބި އަދަދެއް އެނގޭނެއެވެ. ތިބި އަދަދު އެނގުމުން އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ އަދަދަކަށް ނުވެގެން ތިބި ބަޔަކާ އެކީ ކުރިއަށް ދާން ނިންމުމަކީ ވެސް ދުރު ކަމެއް ނޫނެވެ. 

    އިންޑިއާ ސިފައިން ބާލަން ޖެހޭނީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ވާނަމަތާއެވެ. ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ މިންވަރު އެނގޭނީ ވެރިކަމާ ހަވާލުވީމާތާއެވެ. ހެލިކޮޕްޓަރތަކާއި ޑޯނިއަރ ބޯޓްތަކާއި އަޝްކަރީ ޑޮކްޓަރުންނާއި ފަންނީ އަޝްކަރީންނަކީ ކޮންމެހެން ތިބެން ޖެހޭ ބައެއް ކަމަށްވެ އިންޑިއާ އައުޓްއަކީ މުހިންމު ކަމެއްނޫން ކަމަށް ނިންމުމަކީ ނެތްކަމެއް ނޫންތާއެވެ. ފުރަތަމަ 100 ދުވަހުގެ އަމާޒަކީވެސް ގައުމީ ސަލާމަތަށް ނުރައްކާ އޮތްކަމަށް ގަބޫލު ކުރެވޭ ކަންކަން ވެފައިވާ އެއްބަސްވުން ތަކުން އުނިކުރުމެވެ. އިންޑިއާ ސިފައިން ތިބުމަށް ވީއެއްބަސްވުން އޮތް ގޮތުން އިންޑިއާ ސިފައިންގެ ފުށުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތިއްޔާ މައްސަލައެއް ނުއޮންނާނެތާއެވެ. ޔާމީނު "ފާސް މާރކްސް" ނުދިނަސް ކުނބަށް އެރުމުން ދުރު ފެންނަން ފެށީމާ ކިހާޅެން ފަރިއްސަށް ނުހަދާންވީ ސަބަބެއް ނެތެވެ.     

    ]]>
    Thu, 16 Nov 2023 12:40:48 +0500 ހީރަސްނިއުސް
    ވެރިކަމަށް ފާވި މޮޔަގެރިއެއްތަ! https://heerasnews.com/1946 https://heerasnews.com/1946 އިސްލާހީ ހަރަކާތުގެ ދެވަނަ ނަމަކީ އެމްޑީޕީއެވެ. އެމްޑީޕީއަކީ އެތައް ބައެއްގެ ގުރުބާނީއެވެ. އެމްޑީޕީގެ ވެރި ކަމެއްގައި ވެސް ރާއްޖޭގެ ވެރިކަން ކުރަން ބޭނުން ނޫން ކަމަށް ބުނެ ޑިމޮކްރެޓިކް އެކްޓިވިސްޓެއްގެ ސިފައިގާ ދައުލަތް ފޭރިގަންނަން މީހަކު އުޅޭކަމަށް އެއްވެސް މީހަކު ހިއެއް ނުކުރެއެވެ. މަންޑޭލާގެ ނަމުން ނަން ދީގެން ވަކި މީހަކު ކުރިއަށް ނެރެގެން ގިނަ ދިވެހި ބޭނުންވީ ބަދަލެވެ. ވެރިކަން ކުރަން ބޭނުން ނުވާކަމަށް ބުނި މީހާ ހީލަތްތެރިކަމާއެކު ހަރަކާތުގައި ގުރުބާން ވީހާ މީހުންގެ ބޮލަށް ފައިން އަރާ ވެރިކަން ފޭރިގަތެވެ. 

    ދެނަކާ ދެނެއް ނެތެވެ. ގާނޫނަކީ ހަމަޔަކީ ވެރިމީހާގެ ހިތުހުރި ގޮތެވެ. ރައްޔިތުންގެ އިހުސާސެއް ޑިމޮކްރެސީގެ ހަމައެއް ގާނޫނީ އިޖުރާތެއް ވެރިކަން ހިންގުމުގާ ނެތެވެ. ރައްޔިތުންގެ މަޖިލީހާއި ސްޕްރީމް ކޯޓަކީ ވެރިމީހާގެ ފީކުދާނަށް ހެދިއެވެ. ކުއްލިއްޔާ އުވާލާ ދިވެހި އިސްލާމް ކިޔަވާ ދިނުން އޮޕްޝަނަލްކޮށް އިޒްރޭލާ ގުޅުން ބަދަހިކޮށް ސްޕްރީމް ކޯޓުގައި ތަޅު އަޅުވާ ގާޒީއަކު ރަހީނުކޮށް ހެދި އިރު ހީވީ ދުނިޔެ ރަންވެގެން އުޅުނު ހެންނެވެ. ސަޕޯޓަރުން ތިބީ ހަކުޅި ކުރިއަށް ކުޅޭތީ ކަނު އަނދިރީގައި އަތް ޖަހާށެވެ.

    ގައިރު ގާނޫނީ އަމުރުތަކަށް ކެތްނުވެގެން ސިފައިންނާއި ފުލުހުން ނިކުމެ ދެކޮޅުވެރިކަން ފާޅުކުރުމުން އަމިއްލައަށް އިސްތިއުފާދީފައި ނިކުމެ މުޅި ރާއްޖޭގެ އެތަންމިތާ ހުޅު ޖެއްސުވީ ހިތްތަކުގެ ރައީސެވެ. ހިތުން ހިތްތަކުގެ ރައީސަށް ވެރިކަން ހޯދާ ދިނުމަށް އެމްޑީޕީ ނުވާ ގުރުބާނީއެއް ނެތެވެ. ޕްރައިމަރީއަކާ ނުލާ 2013 ގެ ރިޔާސީ ޓިކެޓް ދީގެންވެސް ވެރިކަން ނުލިބި ދިޔައީ ޗޮކުންނެވެ. ޖަލު ހުކުމުގާ އޮއްވާ ދޮންނަމެޝިނާ ޓައްޕަށް ވޯޓު އަޅައިގެންވެސް 2018ގެ ޓިކެޓް އެމްޑީޕީން ދިނެވެ. މަގުމަތިވުން ނިމުމަކަށް ގެނެސް މަންޑޭލާ މިނިވަންކުރުމަށް އުކުޅަހު ކޮންގްރެސްއިން ކެންޑިޑޭޓަކު ދައްކައިގެން އަނބުރާ ވެރިކަމަށް އެމްޑީޕީ އައިސް މަންޑޭލާ ޖަލުން ނެރުނެވެ. ޖަލުން ނިކުމެވޭއިރަށް ކޮކަޑި ކޭ މީދާ ވާރެފެން ބޮއިގެން ގަދަވެ ދިމާކުރީ އަމިއްލަ ކާލިގަނޑު ކޮށާލާށެވެ. ވެރިކަން ފޭރި ގަންނާށެވެ. 

    ކުޑަކުޑަ އިދާރީ ދާއިރާއަކުން މަޖިލީހަށް ހޮވިގެން މަޖިލީހުގެ ރިޔާސަތު ފޭރިގަތީ ދެބުޅަލުގެ އަރާރުމުގައި ބޯކިބާ ކާލި ރާމާ މަކުނު ގޮތަށެވެ. ގޮނޑިކޮއްކޮއަށް މަޖިލީހުގެ ނައިބުރައީސްކަން ހޯދާ ދިނީ މަޖިލީހުގެ ބާރުތަކުގައި އެކީ އެކައްޗަކަށް އޮބި އެޅުމަށެވެ. މަޖިލީހުގެ ރިޔާސަތު ލިބުމާއެކު ބަރުލަމާނީ ވެރިކަމަކަށް ވެރިކަން ފޮރޮޅާލައިގެން ޕާޓީގައި އޮތް ސްޕަރ މެޖޯރިޓީ ބޭނުން ކޮށްގެން ބޮޑުވަޒީރުކަން ހޯދާ ރައީސްގެ ބާރުތައް ކަނޑުވާލާ މުލިއާގޭ ގަސް ތަކަށް ފެންދޭން ބަހައްޓަން ޖެހި މަޅި އަތަށް ގޮއްވާލީ މަހެއް ފަހާލާނެ މަހެއް ހުރެދާނެ ކަމަށް ހީނުކޮށް ހުއްޓައެވެ. 

    އެހިސާބުން މޮޔަގެރިއެއްހެން ލަދެއް ހަޔާތެއް ނެތި ދިމާކުރީ އެމްޑީޕީ ބަރަހަނާކޮށް ރޫޅާލާށެވެ. އިންތިހާބުގައި އެމްޑީޕީއަށް ވެރިކަން ގެއްލި ދާނެހެން ހީވުމުން ދިމާކުރީ އެމްޑީޕީއާ ގުޅިގެން މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން ބަރުލަމާނީއަށް ވެރިކަން ފުރޮޅާލާ އިންތިހާބުވާ އައު ރައީސްގެ ހަތަރެސް ފައި ބަންނާށެވެ. އެމްޑީޕީން އެކަމަށް އެއްބަސް ނުވުމުން އިންތިހާބީ ރައީސްގެ ކޮޑަށް ދީވަލްޕާ އެއްހެން ސަވާރުވާން ހިފާލާފައި އެހުރީ އަލަށް އުފެދޭ ވެރިކަން ވެސް ހަރާބުކޮށް ކޮށާލުމަށެވެ. ހުރިހާ ވެސް ބޭނުމަކީ ވެރިކަން ފޭރިގަތުމެވެ. 

    އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ރިޔާސަތެއްގައި ބަގުޑި ބައްދައިގެން މެޖޯރިޓީގެ ރުހުންނެތް ރައީސް ކަމެއްގައި ހުރެ އިންތިހާބީ ރައީސްގެ ހުވާގެ ލެޖިޓެމެސީ އާއި މެދު ސުވާލު އުފައްދުވާ ހަރާބުގެ މަގަށް ކަންކަން ދުއްވާލަން އަންނި އެ ކުރަނީ ކުރު މަގަކުން ވެރިކަން ހޯދުމުގެ މަސައްކަތެވެ. ދިވެހިންނަށް ޖެހިފާ މިވާ މުސީބާތަކީ ހައްދެއް ނެތް މިންވަރަށް އެމްޑީޕީން ނަޝީދަށް ދިން އާރާ ބާރުގެ ހިތި ނަތީޖާއެވެ. ހައްދެއް ނެތް މިންވަރަށް ވަކި މީހަކަށް ގޮސް ގިނަ ބަޔަކު ހުސްވުމުގެ ހިތި ނަތީޖާ ރާއްޖެ މިއަދު ދެކެމުން މިދަނީ ވޭން ދެނިވި ގޮތަކަށެވެ. 

    ]]>
    Thu, 26 Oct 2023 14:44:58 +0500 ހީރަސްނިއުސް
    ރާއްޖެ ހިފިކަމަށް އިންޑިއާ އެއްބަހެއްނުވި https://heerasnews.com/1889 https://heerasnews.com/1889 އިންތިޚާބީ ރައީސް ޑރ. މުއިއްޒު އިންޑިއާ ސަފީރާ ބައްދަލު ކުރައްވާ ވިދާޅުވި ކަމަށް ވަނީ ރާއްޖޭގެ ސިޔާދަތީ މިނިވަން ކަމަށް އިންޑިއާ އިން އިހްތިރާމް ކުރެއްވުމަށާ ނަގާފައިވާ ލޯން ތަކަށް ލުއި ހޯއްދަވައި ދެއްވުމަށެވެ. އިންޑިއާ ސަފީރު ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް އިހްތިރާމް ކުރައްވާނެ ކަމަށާ ލޯންތަކަށް ލުއި ދެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. މިއީ ކޮންމެ ވެރިޔަކު އަންނަ އިރުވެސް ވެރިން، ވެރިންނާ ދެކެވޭ ޢާންމު ވާހަކަތަކެވެ. ޒަމާންވީ ގާތްގުޅުން ބަދަހި ކުރުމާ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމުގެ ވާހަކަތައް މިފަދަ ކޮންމެ ބައްދަލުވުމެއްގައި ވެސް ދައްކާނެއެވެ.

    މިހާރު އިންޑިއާ އޮތީ ރާއްޖޭގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެ، ސިފައިން އަރުވާ ރާއްޖެ އަޅުވެތިކޮށް މިނިވަންކަން ގެެއްލުވާލައިގެން ކަމަކަށް މުއިއްޒާ އެކު ދެކެވުނު ވާހަކަ ތަކުގައި އިންޑިއާ ސަފީރު ވިދާޅުވެ މަޢާފަށް އެދިވަޑައެއް ނުގަނެއެވެ. އެއްބަސް ވާނީ އެކަން އެގޮތަށް އިންޑިއާ އިން ކުރިނަމަތާއެވެ.

    ރާއްޖެ މިނިވަންކޮށް، އަރާތިބި ސިފައިންބާލާ ހެލިކޮޕްޓަރތަކާ މަތިންދާ ބޯޓް ގެންދާ ވާހަކަ ފުރަތަމަ ބައްދަލުވުމުގައިވެސް ނުދެއްކީމާ މިޖެހުނީ ކޮންތާކު ހެއްޔެވެ؟

    ބުނަންހެއްޔެވެ؟ ކުރިންވެސް އިންޑިއާ އޮތީ ސިފައިން އަރުވާ ރާއްޖެ ހިފާ އަޅުވެތި ކޮށްގެންނެއް ނޫނެވެ. ލޯނު ތަކަށް ލުއިހޯދާ މަޝްވަރާ ތަކުން އަނެއްކާ ވެސް އެއްބަސްވާން އޮންނާނީ ރައީސްޔާމީން އުފަންކުރެއްވި ޑިޕެންސް އެކްޝަން ޕްލޭންގެ ވާހަކަތަކާ އޭގެ މުއްދަތާ ތާރީޚު ތަކުގެ ވާހަކައެވެ.

    ރާއްޖޭގައި އެއްވެރިޔަކު ދެދައުރު ހުރުމަށްވުރެ އިންޑިއާ އަށް ފައިދާ ބޮޑީ، ކޮންމެ 5 އަހަރަކުން އާ ވެރިޔަކު އައުމުން ލޯނަށް ލުއިގޮތް ހަދަމުން އާ ލިއެކިއުން ތަކުގައި ސޮއި ކުރެވޭނެ ގޮތެކެވެ.

    ސިފައިން އަރުވައިގެން އިންޑިއާ އަކުން ރާއްޖެއެެއް ނުހިފައެވެ. އަދި ނުވެސް ހިފާނެއެވެ. ނަމަވެސް އިންޑިއާ ކަނޑުގެ  ރައްކާތެރިކަމާ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އިންޑިއާ ކުރަންޖެހޭ ކަންކަން ދެންވެސް ކުރަމުން ދާނެއެވެ. އޭގެ ފައިދާ ދިވެހިރާއްޖެއަށް ވެސް ނުލާހިކު ބޮޑެވެ. 

    އިބޫއެއް މުއިއްޒެއް ހަސަނެއް ކާސިމެެއް ނޯންނާނެއެވެ. ކޮންމެ 5 އަހަރަކުން އާވެރިޔަކު އައުމުން ވަކި އާކަމެއް ނުކޮށް އިންޑިއާ އިން ކުރާނީ ހަމަ އެއް ކަމެކެވެ. އެއީ ސިފައިން އަރުވައިގެން ރާއްޖެ ހިފުމެއް ނޫނެވެ. ރާއްޖޭގެ ސްޓްރެޓީޖިކް ޕާރޓްނަރަކީ އިންޑިއާ ނޫން ގައުމަކަށް ދުވަހަކު ވެސް ނުހެދޭނެއެވެ. އަދި އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތްވެސް މެއެވެ. 

    ވެރިކަން ހޯދަން ރައީސް ޔާމީން އިންދި އިންޑިއާ އައުޓް ކިޔާ ގަހުގެ ފޮނިމޭވާ ބިންނެވީ ޑރ މުއިއްޒެވެ. ޑރ މުހަންމަދު މުއިއްޒަކީ ފިސާރި ހުޝިޔާރު، ތޫނު ފިލި އަދި ދާންވީ މަންޒިލް މާދުރުން ފެނިވަޑައިގަންނަވާ ބޭފުޅެކެވެ. ކުރު މުއްދަތެއްގައި 7 އަހަރުގެ ވަޒީރު ކަމާ ފަހުން މާލޭގެ މޭޔަރު ކަމުގައި ހުންނަވާ އެވަޑައިގަތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށެވެ. ދެން އޮތީ ގައުމު ހަލަބޮލި ނުކޮށް ގާނޫނުގެ ވެރިކަން ނަގަހައްޓާނެ ފުރްޞަތު އާ ސަރުކާރަށް ހޯދައިދިނުމެވެ.

    ]]>
    Thu, 05 Oct 2023 13:51:39 +0500 ހީރަސްނިއުސް
    ވޭތުވެދިޔަ 70 އަހަރު ހޯރަފުއްޓަށް މާބޮޑު ކަމެއް ނުކޮށްދޭ: ރައީސް https://heerasnews.com/1648 https://heerasnews.com/1648 ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ހޯރަފުށީގެ ތަރައްގީއަށް އަލިއަޅުއްވާ ލައްވައިފިއެވެ. ވޭތުވެދިޔަ 70 އަހަރު ހޯރަފުއްޓަށް މާބޮޑު ކަމެއް ކޮށްދީފައި ނެތް ނަމަވެސް މި 5 އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

    ހޯރަފުށީ އެއާޕޯޓަކީ މި ވެރިކަމުގައި އަޅަން ފަށާ ނިންމި ފުރަތަމަ އެއާޕޯޓްކަން ރައީސް ފާހަގަކުރެއްވިއެވެ. ހޯރަފުށީ ފުޓްބޯޅަ ދަނޑު ނިމިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

    ހޯރަފުށީގެ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ހިނގަމުން ދާއިރު ކުރިއަށް އޮތް ދައުރުގައި މުޅިން ނިންމަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގައި ރޯހައުސް އާއި ފްލެޓް އަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ހޯރަފުށީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

    ]]>
    Wed, 19 Jul 2023 13:07:57 +0500 ހީރަސްނިއުސް