Maldives Real Time Facts & : އިގުތިސާދު https://heerasnews.com/rss/category/އގތސދ Maldives Real Time Facts & : އިގުތިސާދު dv ކޮޕީރައިޓް: Heerasnews llp (P013622021) މަސައްކަތްތެރިންގެ ހައްގު ކުރިއަރުވާނެ ސިކުނޑިއެއް ނެތް: ޖަމީލް https://heerasnews.com/2440 https://heerasnews.com/2440 ރާއްޖޭގައި މަސައްކަތްތެރިންނަށް އޮތްގޮން ޖެހުން ބޮޑުކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަސައްކަތްތެރިންގެ ދުވަހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ޑރ. ޖަމީލު ފާހަގަ ކުރެއްވި ގޮތުގައި މަސްވެރިންނަށް މަހުގެ އަގު ނުލިބި އެ ޞިނާޢަތް ދަނީ ހީނަރުވަމުންނެވެ. އަނެއްކޮޅުން ކިޔަވައިގެން ތިބި ސިވިލް ސަރވެންޓުންގެ މުސާރަ ސިޔާސީ އެކްޓިވިސްޓުންގެ ނިސްބަތުން ކަންބޮޑުވާ ދަރަޖަޔަށް ދަށްކަމަށް ފާހަގަ ކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑަތި މަގާމްތަކުގައި ތިބެނީ ބޭރު މީހުންކަމާއި އެފަދަ މަގާމްތަކުގައި ތިބޭ މަދު ދިވެހިންނާ މުސާރައިގެ ބޮޑަތި ފަރަގު ހުންނަކަމަށް ފާގަކުރެއްވީ ރާއްޖޭގެ ބްރޭންޑް އަގުބޮޑުކަން ފާހަގަ ކުރައްވަމުންނެވެ. 

ފަތުރުވެރިކަމާބެހޭ ވަޒީރުގެ ނާގާބިލުކަން ދޭހަވާ މޭރުމަކުން ޖަމީލު ވިދާޅުވީ މިއަދު އެދާއިރާގެ މޫނުބަލާ ލޯގަނޑުކަމަށްވަނީ ވަޒީރު ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީރުކަމުގައި ނާގާބިލު ވަޒީރަކު ހުންނަ ހުރުމުން ދޭހަވަނީ ސަރުކާރު ސީރިއަސް ނޫންކަން ކަމަށް ޖަމީލު ނުސީދާކޮށް ފާހަގަ ކުރައްވައެވެ. އިތުރު ތަފްސީލް ދެއްވަމުން ޖަމީލު ވިދާޅުވީ ސަރުކާރަށް މުހިއްމީ ވަރުގަދަ ބްރޭންޑްތައް ތަމްސީލުކޮށް މާރކެޓް ކުރުމަށް ފެންވަރާއި ހުނަރު ދެއްކުމަށް ވުރެ ސިޔާސީ ސްކޯރ ކުރެވޭތޯ ބެލުން ކަމަށެވެ.

ނަތީޖާއަކީ ގައުމަށް އެންމެ މުހިއްމު ސިނާޢަތުގެ ވެރިންނާ، މަސައްކަތްކުރާ އެންމެންގެ ޙައްގު ކުރިއަރުވާނެ ސިކުނޑިއެއް ނެތުން ކަމަށް ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުން ފޮނުވުމަށް ޑރ. ޖަމީލު މިއަދު އެކްސްގައި ކުރި ޕޯސްޓެއް ގައި ވެއެވެ.

]]>
Wed, 01 May 2024 14:23:48 +0500 ހީރަސްނިއުސް
މާލޭ ހުރިހާ ގޮނޑިއަށް އެމްޑީޕީގެ މެމްބަރުން ހޮވާނެ: މާލޭ މޭޔަރ https://heerasnews.com/2297 https://heerasnews.com/2297 މާލޭގެ ހުރިހާ ގޮނޑިތަކަށް އެމްޑީޕީގެ މެމްބަރުން ހޮވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް އެހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.

އެމްޑީޕީގެ މެމްބަރުންނަށް ލާ ވޯޓަކީ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ބަޔަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމަކީ މުސްތަގުބަލު ގެއްލިގެންދާނެ ކަމެއް ކަމަށްވެސް މާލޭ މޭޔަރ ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފިކުރާއި ސިޔާސަތަކީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދިނުމެވެ. ހެޔޮ ހިތަކާއިގެން މާލޭގެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުންނަށް ބިން ޔަގީންކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އާޒިމް ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ މުހިންމުކަން ދެއްވި އެއް ކަމަކީ މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައި ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތި ކަށަވަރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީގެ މެމްބަރުންނަށް ދޭންޖެހޭ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ދެކިވަޑައި ގަންނަވައެވެ. މިއަދު އެއްވެސް ބަޔަކަށް ގައުމު އޮތް ހާލަތު ނޯޅޭ ކަމަށާއި ވެރިކަން ހޯދުމަށް ޕީއެންސީން ހެދި ދޮގުތައް ހުރިހާ އެންމެންނަށް މިއަދު އެނގިއްޖެ ކަމަށްވެސް އާޒިމް މިރޭ ވިދާޅުވިއެވެ.

ކޮވިޑު 19 ގެ ބަލިމަޑުކަމުގައި އިގުތިސޯދު ފުލުގައި ޖެހި ދެ އަހަރު ގެއްލިގެން ދިޔަ ނަމަވެސް، ކުރީ ސަރުކާރުން އެ ދަތިކަން ފޫބައްދަން ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ އުނދަގޫ ހާލަތުގައި އެއްވެސް މީހެއްގެ ވަޒީފާ އޭރު ނުގެއްލި ގައުމު ހަމަ މަގަށް އެޅުވުނެވެ. ނަމަވެސް މިހާރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށް ވެސް މޭޔަރ އާޒިމް ވިދާޅުވިއެވެ. 

]]>
Sat, 02 Mar 2024 02:47:07 +0500 ހީރަސްނިއުސް
ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދެވޭކަށް ނެތް: ރައީސް https://heerasnews.com/2244 https://heerasnews.com/2244 ރައްޔިތުންނަށް ކަންކަން ކޮށްނުދިނުމަށް ދަރަނިވެރި ކަމުގެ ބަހާނާ މުއިއްޒު ދައްކަން ފަށައިފިއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަވާލުކުރީ ދަރަނިވެރިކޮށްލާފައި އޮތް އިގްތިސާދެއް ކަމަށް ބުނެ މި ސަރުކާރަށް ވާރުތަވީ އިގްތިސާދު ގެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށް ރައްޔިތުން ގާތުގައި މުއިއްޒު ބުނަން ފަށައިފިއެވެ. 

ކޮވިޑްގެ އާލަމީ ވަބާގައި މުޅި ދުނިޔެ ހުއްޓި އެއްވެސް އާމްދަނީއެއް ނުލިބި ރައްޔިތުން ބަޑަށް ނުޖައްސާ ދައުލަތް މިހާ ހިސާބަށް ވާރުތަކޮށް ދިނީތީ ޝުކުރުވެރި ވުމުގެ ބަދަލުގައި އުފައްދަން މުއިއްޒަށް އެނގެނީ ނަފްރަތެވެ. ދަތި އުދަގޫ ހާލުގައި ވެސް ކުކުރާނުލާ ރައްޔިތުންގެ ޑިމާންޑްތައް ފުރިހަމަކޮށް ދެއްވުމުގައި މަތިވެރި ގުރުބަނީއެއް ވެވަޑައިގެން ރައީސް ސޯލިހާމެދު ނަފްރަތު އުފައްދައިގެން ރައްޔިތުން އެދޭކަންކަން ނުކޮށް ދައުލަތް ލޫޓުވާލަން މުއިއްޒު މޮޅެތި ވާހަކަ ދައްކާނެ ކަމެއް ނެތެވެ.

މާކަންވާ މީހަކަށް ހެދިގެން ދޮގު ވައުދުތައް ވެގެން ދައުލަތް ހިންގުމާ ހަވާލުވެދޭށޭ މުއިއްޒު ގާތުގައި މީހަކު ނުބުނެއެވެ. ދަރަނިވެރި ދައުލަތެއް ނަގާ ކޮނޑަށް ލައިގެން ހުރެ އިސްކަމޭ ތަރުތީބޭ ވައުދޭ ދަރަންޏޭ ނުކިޔާށެވެ. ޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭށެވެ. ވެރިކަން ހޯދީ މަވަރެއް ނެތްކަމަށް ދެއްކިގެންނެވެ.

ކޮންމެ މަހަކު ސިޔާސީ މީހުންގެ މުސާރައަށް ބިލިޔަނުން ހަރަދު ކުރަން މުއިއްޒު ސަރުކާރުގައި ފައިސާ ހުރެއެވެ. ރިޔާސީ ގަނޑުވަރު އާބަތުރަ ފިލުވަން މިލިޔަނުން ހަރަދުކުރަން ސަރުކާރުގާ ފައިސާ ހުރެއެވެ. ހުވާކުރަން 22 މިލިޔަން ހަރަދުކުރުމަށް އޯކޭވީއެވެ.  22 ވުޒާރާއާއި އެތައް އައު ކުންފުންޏާއި އިދާރާތައް އުފައްދައިގެން ހަރަދު ކުރާނެ ފައިސާ މުއިއްޒު ސަރުކާރުގައި އެބަ އޮތެވެ. ބޮދުގެރި ބޭރަށް ހިންގާހެން މުއިއްޒާއި ސެންބެ ރާއްޖޭން ބޭރަށް ދަތުރު ކުރާނެ ފައިސާ ފުނިޖަހާފައި އެބަހުއްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަންނަން ބޯކޮށް ލާރި އެބައޮތެވެ. ފުށިދިއްގަރުފަޅު ހިއްކާނެ ގޮތް މުއިއްޒަށް އެބައޮތެވެ. ޓްރިލިއަން ޑޮލަރު ހަރަދުކޮށްގެން ރަސްޓަނަލް އަޅާނެ ގޮތްވެސް މުއިއްޒަށް އެބައޮތެވެ. ލަންކާއަށް އެއަރ އެންބިއުލާންސް ދަތުރު ކުރާނެ ފައިސާ އެބަހުއްޓެވެ. ޑުބާއީއާއި ބެންކޮކުން އާސަންދަ ދޭނެ ފައިސާ އެބަހުއްޓެވެ. އިންޑިއާ ސިފައިންނާ ވާދަކޮށްލެވޭ ވަރަށް ވައިގެ އުޅަނދު ދުއްވޭވަރުގެ އަސްކަރީ ގާބިލުކަން އުފެއްދޭނެ ފައިސާ އެބަހުއްޓެވެ. 

މުއިއްޒަށް ނެތީ ރަށްރަށުގައި ފަށާފައިހުރި އަސާސީ ހިދުމަތްތައް ނިންމާނެ ފައިސާއެވެ. ރަށްރަށުގައި ވަޒީފާ އަދާކުރާ އާއްމު ރައްޔިތުންނަށް ދޭކުޑަ މުސާރަކޮޅު ދޭނެ ފައިސާއެވެ. 

އަޖައިބެއް ނުވާނެހެއްޔެވެ. ނިމިދިޔަ ފަސް އަހަރުތެރޭގައި ކަރަންޓް ކެނޑިގެންނާއި ބޭނުންވާ ވަރަށް ކަރަންޓް ނުލިބިގެން ރައްޔިތުން ރަށްރަށުގައި އުޅޭ އަޑެއް ނީވެއެވެ. އައްޑޫއާއި ނައިފަރު ފަދަ އެއްވެސް ތާކުން ފެނުގެ ހިދުމަތް ކެނޑިގެން އުޅޭ އަޑެއް ނީވެއެވެ. މިވެރިކަމަށް އައިފަހުން އެ ހުރިހާ އަޑެއް އެބަ އިވެއެވެ. މިސް މެނޭޖުގެ ވާހަކަ ދައްކަން މުއިއްޒު ލަދުގެން ބަލާށެވެ. 

އަތްގުޅި ނުކާވަރު ވައުދުވަމުން ދަރަންޏޭ އާމްދަނީއޭ ކިޔައިގެން ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން ނުހިނގާށެވެ. ކަންކަން ނުކުރުމުގެ ބަހަނާއަކަށް ކުރީ ސަރުކާރޭ ކިޔަކަސް އެވާހަކައެއް މިހާރަކު ނުހިނގާނެއެވެ. ފޮޓޯ ގަނޑަކާ ހުސް ގޮނޑިއެއް ވިއްކައިގެން ވެރިކަން ހޯދާ ހުސްގޮނޑި ތަކަކާ މުހާތަބުކޮށް ރިޔާސީ ބަޔާން އިއްވުނީމާ ލައްކައެކޭ ހީވަނީތާއެވެ. ތިޔަހެން ހޮޅި ހޮއްލަ ހޮއްލާ ހުއްޓާ ހޮޅިލާ ނަގަމުންދާ ރާޅުގެވަރު އެނގޭނީ ބިންދާލީމައެވެ.   

]]>
Tue, 06 Feb 2024 18:00:26 +0500 ހީރަސްނިއުސް
މަސްވިއްކައިގެން ލިބޭ ފައިސާއަށް ތިޔަ ހައްދަވަނީ ކިހިނެތް؟ https://heerasnews.com/2234 https://heerasnews.com/2234 ރައީސެވެ. ވެރިކަމަށް 3 މަސްވާން 2 ހަފްތާއަށް ވަނީއެވެ. ހުވާ ކުރެއްވި ފަހުން މަސްވެރިން ލޯބޯ ފިއްސާ ކަނޑުފަޅު ފީނައިގެން ބޭނި ހުރިހާ މަސް ސަރުކާރަށް ދަރަންޏަށް ދީގެން އޭގެ އަގު ނުލިބި ރާއްޖޭގެ މަސްވެރިން އެތިބީ ބަނޑަށް ކުޅުޖަހައިގެންނެވެ. ކުރިމަތީގައި އޮތީ ރޯދަ މަހެވެ. 

ބޭނި ހުރިހާ މަސް ވިއްކައިގެން ލިބުނު ފައިސާއަށް ހައްދަވައިގެން ތިޔަ އުޅުއްވަނީ ކިހިނެއް ހެއްޔެވެ؟ މުޅި ރައްޔިތުން ރަހުނުކޮށް ލޯނު ނަގައިގެން މަސްވެރިންނަށް ފައިސާ ދެއްވަން ވިދާޅުވާ އިރު ބޭނިހާ މަސް ވިއްކައިގެން ސަރުކާރަށް ލިބުނުހާ ފައިސާއަށް ވީގޮތެއްވެސް އަޅެ ރައީސް ވިދާޅުވެ ދެއްވަ ބައްލަވާށެވެ. މިފްކޯއިން މަސް އެކްސްޕޯރޓް ކުރި ބޯޓް ފަހަރު ކަނޑުފޭރޭ މީހުން ހައިޖެކް ކުރީ ހެއްޔެވެ؟ 

ސަރުކާރާ ވެރިޔަކު ހަވާލު ވަނީ ސަރުކާރު ހިންގޭނެތީއެވެ. ވަތްގަނޑުގައި ހުރި އެއްޗަކާ ދޭން އޮތް އެއްޗަކާ އަންނަން އޮތް އެއްޗެއް ރަނގަޅަށް ބަލާ ހިސާބު ކުރަން އިންތިގާލީ މަރުހަލާ މަނިކުފާނަށް ލިބިވަޑައިގަތެވެ.  

ހުރިހާ ހިސާބު ކިތާބު ރަނުން ރަނަށް އަކުރުން އަކުރަށް ބައްލަވާ ރަނގަޅަށް ވެރިކަން ކުރެއްވޭނެތީ ތިޔަ ހުންނެވީ ވެރިކަމުގެ ހުވާ ކުރައްވައިގެންނެވެ. 

ސުލައިމާންގެފާނު ޖިންނީން ލައްވާ ކަނޑުގައި ބިނާ ކުރެއްވި ބިއްލޫރި ގަނޑުވަރަށް ވުރެ ބޮޑު މެގަ ޕްރޮޖެކްޓެއް ހިންގާ ވާދޫކަނޑު އަޑީގައި ދަމާލާ ސަރާސަރު ބިއްލޫރި ޓަނަލަކުން މާލެއާ ބިޔާދޫ އަތޮޅު ގުޅާލެވޭނީ ބިލިޔަން ބިލިޔަނުން ޑޮލަރު އޮތީމައެވެ. އެކަމަކު މަސްވެރިން ބޭނި މަހަށް ލާރި ނުދީ އެމަސް ވިއްކައިގެން ލިބުނުހާ ފައިސާ ވީތަނެއްގައި ވެއްޖެއެވެ. މަސްވެރިންނަށް ފައިސާ ދެއްވަން ތިޔަ ވިދާޅުވަނީ އެހެން ތާކުން ދަރަންޏަށް ފައިސާ ނަންގަވައިގެންނެވެ. ރައީސެވެ. މިވަރުވީމާ ކަމަކު ނުދެއެވެ.

ރިޔާސީ ކެމްޕޭނުގައި ހެއްދެވިހާ ދޮގު އެހުރީ ފެންނުހިކި ތެތަށެވެ. ރައީސް ޔާމީން މިނިވަން ނުވެ ހުސްގޮނޑި ގެއްލުނީ އެވެ. ތިބި ކަމަށް ވިދާޅުވި 2 ހާހަށްވުރެ ގިނަ ބޭރުގެ ސިފައިން އެރީ މައްޗަށް ކަމެއް ނޫނީ ބިންފަޅާ އަޑިއަށް ދިޔައީ ކަމެއް ނޭނގެއެވެ. ތިބިކަމަށް ބުނާ މަދު ސިފައިގެ ބަލުއްވަން ތިޔަ އުޅުއްވަނީ އެމީހުންގެ ޔުނީފޯމެވެ. ހިޔާ ފްލެޓް ފިނިޝިންގ އަށް ދެއްވަން ވިދާޅުވި 2 ލައްކަ އަށް ވެފައި އެއޮތީ ހީވެސް ނުކުރާ ގޮތެކެވެ. ކިޔަވާ ކުދިންގެ ޑޮލަރ ލިމިޓް ބޮޑެއް ނުވިއެވެ. ބޮޑު ކުރައްވަން ވައުދުވި ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑުނުވިތާ އެމީހުނަށް ބޮޑުވީ އުނދަގުލެވެ. ތިރިކުރައްވަން ވިދާޅުވި ޑޮލަރުގެ އަގާއި ތަކެތީގެ އަގު އެހެރަދަނީ ހައްތަހާ ބޮޑުވަމުންނެވެ. ކިޔަންޏާ ކިޔަން ހުރި ކަންކަން ކޮޅުންލާކަށް ނެތެވެ. 

މިހުރިހާ ކަމެއް މިހެން ހުއްޓާ ކުރިމަތީ އޮތް މަޖިލިސް އިންތިޚާބަށް ދައްކާ ޗަރުކޭހާ ކުޅޭ ޑްރާމާތަކުގައި ޖެހިގެން މަނިކުފާނު ޕާޓީއަށް މަޖިލިސް މެޖޯރިޓީ ދޭން ހެޔޮ ނުވާނެކަން ރައްޔިތުންނަށް ވިސްނޭ ވަރު އެބަވެއެވެ. ވޯޓްދެވުނު މޮޔަ ހީނުވާ މީހަކު ދިމައެއް ނުވެއެވެ. 

ރައީސެވެ. ކެމްޕޭނުގައި ދައްކަވާ ވާހަކަ ދިމާނުވެ އަނެއް ކެމްޕޭނަށް ކުރިމަތިލީމާ ނަތީޖާ ރަނގަޅެއް ނުވާނެއެވެ.

މަނިކުފާނު ހެއްދެވި ވަރަށް ބޮޑު ތެދެއް ވެއެވެ. އެއީ ދޮގުމައްޗަށް ދޮގުހެދީމާ ބުހުތާނު ކަމުގައިވާ ވާހަކައެވެ.

]]>
Fri, 02 Feb 2024 19:42:09 +0500 Chief Editor
މޯދީގެ ފައިތިލައިގައި ދޫލާން ނުޖެހިއްޖެއްޔާ ގައިނަސީބު https://heerasnews.com/2087 https://heerasnews.com/2087 ވަރަށް ބޮޑު ތެދެކެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ވިދާޅުވަނީ ހަމަ ރަނގަޅަށެވެ. ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއް ނެތެވެ. ރާއްޖޭގެ ބޯޑަރު އޮތީ ތަން މިނަށް ހުޅުވިފައެވެ. އެތެރެ ކުރާނެ އެއްޗެއް އެތެރެ ކުރާނެ ވަރަކަށް ކުރަންވީއެވެ. 

މީގެ ކުރިންވެސް އިންޑިއާއިން ފިޔާ ލިބުން ދަތިވެލާ އިރަށް ރާއްޖޭގެ ބާޒާރުގައި ފިޔާ އަގު ބޮޑުވަނީ ރާއްޖެއަށް ފިޔާ އެތެރެ ކުރުމަށް ދައްޗެއް އޮވެގެނެއް ނޫނެވެ. ބާޒާރުގައި ފިޔާ އަގު ބޮޑުވަނީ އިންޑިއާއިން ފިޔާ ލިބުން ދަތިވެގެންނެވެ. އެކަމަކު މިނިސްޓަރު ވިދާޅުވަނީ ދަތިނުވާނެ ކަމަށެވެ. ރާއްޖެއަށް ފިޔާ، އަލުވި، ބިސް ފަދަ އަސާސީ ބާވަތްތައް އެތެރެކޮށް އުޅެނީ އިންޑިއާއިންނެވެ. އިންޑިއާއިން އެތަކެތި ގެންނަނީ ދުނިޔޭގެ އެހެން ތަންތާ އެތަކެތި ނެތިގެނެއް ނޫނެވެ. 

އިންޑިއާ ނޫން އަވައްޓެރި އެހެން ގައުމަކުން ރާއްޖެއަށް ބޭނުންވާ ވަރަށް އެތަކެތި މެދުނުކެނޑި ލިބެން ނެތުމަކީ އިންޑިއާއިން އެފަދަ ތަކެތި އެތެރެކުރަން ޖެހޭ މައިގަނޑު އެއް ސަބަބެވެ. ބިހާއި ފިޔައާއި އަލުއްވަކީ އުމުރުކުރު ހަލާކުވުން އަވަސް ގުދަންކޮށްގެން ބަލަހައްޓަން އުނދަގޫ ބާވަތް ތަކެވެ. ދުރު ކަރަކަރައިން އެތަކެތި ހޯދާ ބަރުކޮށްގެން ގެނެސް ރާއްޖޭގެ ބާޒާރަށް ނެރެވިއްކުމަކީ ހަރަދު ބޮޑު ގެއްލުން ބޮޑު ކަމެކެވެ. 

އާއްމުންނަށް އަތްފޯރާ އަގެއްގައި ފިޔައާއި އަލުއްވާއި ބިސް ވިއްކެނީ ދަތިކަމެއްނެތި އިންޑިއާއިން ލިބޭތީއެވެ. އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލުމަކީ ރާއްޖޭގެ ރައްޔިތުންނަށް އުފުލަން ޖެހުނު ބޮޑުތަކުލީފެކެވެ. އިގްތިސާދީ މިނިސްޓަރު ކިތަންމެ އޮމާންކޮށް ވިދާޅުވިޔަސް އިންޑިއާއިން ފިޔާ ނުލިބުމުގެ އެންމެ ބޮޑު ވޭނެއް ތަހައްމަލު ކުރަން ޖެހޭ އެއްބަޔަކަށް ދިވެހިން ނުވެ ނުދާނެއެވެ. 

އެކުވެރި ގައުމުތަކުން ރާއްޖެއަށް ކިތަންމެ ބޮޑު އިސްކަމެއް ދިނަސް ރާއްޖޭގެ ބާޒާރުން ފިޔާ ލިބުން ފަސޭހައެއް ނުވާނެއެވެ. ލިބެން ހުއްޓަސް އަތްފޯރާފަށުގައި އަގުތަކެއް ނުހުންނާނެއެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރިޔަސް ރާއްޖެއަށް އެކަމުން ދަތިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެ ކުރައްވާ "އެކްސް" އަކުން ފިޔާ ލިބުމަށް އޮތް ހުރަހެއް ނައްތައެއް ނުލެވޭނެއެވެ. އަތްފޯރާ އަގުގައި ދަތިނުވެ ރާއްޖޭގެ ބާޒާރުން ފިޔާ ލިބެން ހުންނާނެ ގޮތެއް މިނިސްޓަރ ވިދާޅުވެ ދެއްވާ އެގޮތަކަށް އެކަމެއް ހަމަޖައްސާ ދެއްވަން ޖެހެއެވެ. 

އިންޑިއާ އައުޓު ކުރަން ނިކުމެ އިންޑިއާ އާއި ދެކޮޅަށް މަސައްކަތްކުރި މީހުންނަށް ފުރަތަމަވެސް މިޖެހުނީ ފިޔާ އާވީގައެވެ. ރަނގަޅު ބަދަހި ގުޅުމެއް އޮތްނަމަ ކިތަންމެ ވަރުގަދަ އެކްސްޕޯޓް ސިޔާސަތެއް އިންޑިއާއިން ތަންފީޒު ކުރިޔަސް ރާއްޖެއަށް ހާއްސަ އިސްތިސްނާއެއް ދޭނެއެވެ. ރާއްޖޭގެ ރައްޔިތުންނަށް ދަތިކަމެއް ނެތި ފިޔާ ލިބޭނެ ގޮތް ހަދާދޭނެއެވެ. 

އިންޑިއާ އާއި ދެކޮޅަށް ފުއްޕާ ރަތްރޮނގު ދަމަން އުޅުނު މީހުނަށް ފިޔާކިލޯއަކަށްޓަކާ މޯދީގެ ފައިތިލައިގައި ދޫލާން ނުޖެހިއްޖެއްޔާ ގައިނަސީބެވެ. ސިފައިން ބޭލުމާއި ލޯންތައް ރިސްޓްރަކްޗަރ ކުރުމުގެ މަޝްވަރާތަކުގެ އެޖެންޑާއަށް ފިޔާ އިތުރު ކުރަން މިއޮތީ ޖެހިފައެވެ. ދަތިކަމެއްވާ ނެތެވެ.

]]>
Sat, 09 Dec 2023 14:25:49 +0500 ހީރަސްނިއުސް
އެސްޓީއޯ ސިއެފްއޯ ނިޒާމް ދުއްވާލުމުގެ ރޭވުން https://heerasnews.com/2059 https://heerasnews.com/2059 މިވަގުތު ގަބޫލު ކުރަންޖެހޭ އެއް ހަގީގަތަކީ ރައީސް މުއިއްޒުގެ ސަރުކާރު ބަލިކަށި ކުރުމަށް ވެސް ރެޔާދުވާލު މަސައްކަތް ކުރާނެ ބަޔަކު ތިބޭނެ ކަމެވެ.

އަމުދުން ރައީސް ޔާމީން ސިޔާސީ ޕާޓީ އެއް އުފައްދަވާ އޭގެ ފަސްމުގޫ ޑރ. ޖަމީލާއި  މަލީހް ޖަމާލަށް ދެއްވީމާ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ ކަމެވެ. 

މީހެއްގެ ޕްރޮފައިލް ޕިކްޗަރ ސޭވްކޮށް އެމީހާގެ ނަމުގައި ކޮންމެ ނަމްބަރެއް ސޭވް ކޮށްގެން ވެސް ފޭކް ޗެޓް ލޮގެއް އުފައްދާ އޭގެ ސްކްރީން ޝޮޓް ސޯޝަލް މީޑިއާގައި ދައުރު ކުރީމާ ބަލާމީހުންނަށް އެއީ އަސްލު މީހާ ނޫން ކަމެއް ނޭނގޭނެއެވެ.

މިގޮތުން މިހާރު ހިނގާ އެންމެ ބޮޑު ރޭވުމަކީ މި ސަރުކާރުގެ އޯނަރު ފޮނަދޫ ޢަބްދުއްރަހީމް ޢަބްދުއްލާ އާ މިހާރުގެ އެސްޓީއޯގެ ސީއެފްއޯ ނިޒާމާ ދެމެދު ނުތަނަވަސް ކުރުވައިގެން ނިޒާމްގެ މަގާމް ގެއްލުވާލުމުގެ ޖަރީމާ އެކެވެ.

އެސްޓީއޯގެ ސީއެފްއޯ ނިޒާމަކީ ފާއިތުވި 15 ވަަރަކަށް އަހަރު އޭނާގެ ޕްރޮފެނަލިޒަމް އާއި  ޕާރފޯރމެންސް އިން ދެއްކި ރަނގަޅު ނަތީޖައިން އެހިސާބަށް ދަތުރުކުރި ޓެކްނިކަލް ބޭފުޅެކެވެ.  

ސަރުކާރު ތަކާއި އެމްޑީން ބަދަލު ވިޔަސް އެއްވެސް ސިޔާސީ ކުލައެއް ނެތި ކުންފުނީގެ ކުރިއެރުމަށް މަސައްކަތް ކުރެއްވި ފަރާތެކެވެ. މިކަމަށް ހެކިވާނެ އެންމެ ބޮޑު ހެއްކަކީ އެސްޓީއޯގެ މިހާރުގެ ވެރިޔާ ސިމާދެވެ. ދެން އޭގެ ކުރިން އިއްޔެއާ ހަމައަށް ހުންނެވި މއ. ކޮށީގޭ ކެޕްޓަން އަބްދުއްލާ ސައީދެވެ. ނޫނީ ރައީސް ޔާމީންގެ ވެރިކަމުގައި ހުންނެވި އެސްޓީއޯގެ ވެރިޔާ އެވެ. ނުވަތަ އަންނަން ހުރި މާލޭގެ މޭޔަރު އާދަމް ޢާޒިމެވެ. 

ސާފުކޮށް ބުނަމެެވެ. މި ނޫހަކީ ނޫހެކެވެ. އޮންނަ ސަރުކާރުގެ އަޅެއް ވެސް ނޫނެވެ. އަދި ހަތުރެއް ވެސް ނޫނެވެ.

ކޮންމެ ބައެއްގެ ރޭވުމުގައި އަދުރޭ އާއި ރައީސް މުޢިއްޒު ވާވަދެގެން މިސަރުކާރު ކޮސް ހެދި ވަރަކަށް އުފާކުރާނެ ބަޔަކު ބަޔަކު އުޅުނަސް ދައުލަތަށް ދެރަވުމަކީ އެންމެނަކު އަބަދަކު އުފާވާނެ ކަމެއް ނޫނެވެ.

އަމްދުން ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދައުލަތުގެ އެންމެ ބޮޑެތި ކުންފުނި ތަކުގައި ހަމަ ހިފަހައްޓަން ތިބޭ ތަޖުރިބާކާރު ހިދުމަތްތެރި ފަންނީ ގާބިލު ބޭފުޅުން ދުއްވާލަން އުޅޭނީ ކުންފުނިން ނާޖާއިޒު ފައިދާއެއް ނަގާ ބޮޑު ވައްކަމެއް ހިންގާލަން އުޅޭ ބައެކެވެ. 

]]>
Wed, 29 Nov 2023 22:09:44 +0500 ހީރަސްނިއުސް
މަގޭ ސޯލަރ & މަގޭ ޖީބު https://heerasnews.com/2055 https://heerasnews.com/2055 ގޭބިސީތަކުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ވާހަކައަކީ އައުވާހަކައެއް ނޫނެވެ. ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ސޯލާ ޕެނަލް ހަރުކުރުމުގެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ "ހަފްތާ 14"ގައި އެކަނި އޮތްކަމެއް ނޫނެވެ. 

ތިޔަ ޖަހަން އުޅެނީ ކޮން ސަކަރާތެއްކަން އޮޅިގެން މީހުންނަކަށް ނޫޅެއެވެ. ގޭ ބިސީތަކުން ކަރަންޓަށް ކުރާ ހޭދަކުޑަކުރުމުގެ ވިސްނުމެއް ހުރިނަމަ ހުޅުމާލޭ ހައިވޭގެ އަރިމަތީގައި އެތައް މިލިޔަނެއް ހަރަދުކޮށްގެން ވޯލްޑް ބޭންކުން އެ އަޅަމުންދާ ސޯލަރ ޕެނަލްތައް އެތަނުން ނަގާ އެހެން ރަށަކަށް ބަދަލު ކުރާނެ ވާހަކައެއް ޑރ. މުޢިއްޒު ނުދެއްކެވީހެވެ. މާލެސަރަހައްދުގެ ކަރަންޓަށް ބޮޑު ލުޔެއް ލިބޭގޮތަށް ތަރުތީބު ވެގެން ކޮށްފައިވާ ސޯލަރ ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއެއްގެ މަސައްކަތް ނިމިނިމި ހުއްޓާ ވިއު ގެއްލޭތީއޭ ކިޔާފައި އެހެން ތާކަށް ބަދަލު ކުރާނެ ވާހަކައެއް ނުދެއްކެވީހެވެ. ދުނިޔޭގެ ފެންވަރުގައި ކިތަންމެ ރަނގަޅަށް ކޮށްފައި އޮތްކަމެއް ވެސް މުއިޒުނުވެ ކަމުނުދަނީތާއެވެ. 

ވާނީ އެހެން ނޫން ހެއްޔެވެ. މާލޭން ހުޅުމާލެއަށް މީހުން ބާރު ސްޕީޑްގައި ދަތުރު އެކުރަނީ އެހިސާބު ގަނޑުގެ ވިއު ބަލަން ވިއްޔާއެވެ. އަމްދަކުން ހަލިމަގުގެ އަރިމަތީ އެހުރި ސޯލަރ ޕެނަލްގެ ދާއިމީ ހަރުތަކުގެ ސަބަބުން ނުފެންނަ ވިއުއެއް އެ ހަރުތައް ނެގުމަކުން ވެސް އެތާކުން ނުފެންނާނެއެވެ. 

ދައްކަން މިއުޅެނީ ހަލިމަގުގެ ވިއުގެ ވާހަކައެއް ނޫނެވެ. މިއަދު އިފްތިތާޙުކުރި މާވަރުގަދަ " މަގޭ ސޯލާ" އެއްގެ ވާހަކައެވެ. ފާޑުފާޑުގެ ނަންނަމުގައި ކަންކަން ތިޔަ ފަށަނީ ކިހާވަރެއްގެ ދިރާސާއެއްކޮށް ފައިހެއްޔެވެ. ކުރިން އެބާވަތުގެ ކަމެއް ބަޔަކު ކުރިތޯއާއި އެކަން ވެގެން ދިޔައީ ކިހިނެއްކަން ކުޑައިކޮށްވެސް ބަލާލީމު ހެއްޔެވެ. 

ވެރިކަމަށް ދެހަފްތާ ނުވަނީސް " ހަފްތާ14" އޭކިޔައިގެން ތިޔަ ޖަހަން ފެށި ސަކަރާތަކީ ދުނިޔޭގެ ޖަމްއިއްޔާ ތަކުން އެންމެ ފަސޭހައިން ހިލޭ ފައިސާ ލިބެނީ ތިމާވެއްޓާ ގުޅުންހުރި ތިޔަ ބާވަތުގެ ކަންކަމުންކަން ކުޑަކުދިންނަށް ވެސް މިހާރު އެނގޭނެއެވެ. އަވަސް މަގަކުން ފައިކޭޓަށް ލާރިކޮޅެއް އަޅާލެވެން އޮތް މަގަކީ ތިޔައީއެވެ. ބާރަށް ކުރިއަށް ދާށެވެ. 

އެކަމަކު ބުނަން ހެއްޔެވެ. ދިވެހީންގެ ރާއްޖެއަކީ ދުނިޔެ ހޫނުވުމާ ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ތިމާވެށީގެ އެއްވެސް ބިރުވެރިކަމެއް ނެތް ތަނެއްކަމަށް ރައީސް އޮތީ ދުނިޔޭގެ މީޑިއާގައި ވަރަށް ސާބިތުކަމާއެކު ވިދާޅުވެފައެވެ. އެކަން މުޅި ދުނިޔޭގެ ތިމާވެއްޓާ ބެހޭ ޖަމްއިއްޔާ ތަކަށާއި ސަރުކާރުތަކަށް އެނގެއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ އަޑިއަށް ދިޔުމުގެ ފުރުސަތު ނެތްކަމަށް ގައުމުގެ ވެރިމީހާ ބުނީމާ އެކަމުން ގައުމު ސަލާމަތް ކުރުމަށް އެއްޗެއް ދިކޮށްލާނެ ބަޔަކު ނެތެވެ. ގޮސް ރޮއެ އާދޭސް ކުރީމާ ސަލާން ޖަހާ ކުދިންނަށް ހަތަރު އަނާއެއް ދޭހެން ބަޔަކު ފަހަރެއްގައި އެއްޗެއް ދިއްކޮށްލަފާނެއެވެ. ކަމަކަށްވާ ކަހަލަ ކަމެއް ނުކޮށްދޭނެއެވެ. 

" މަގޭ ސޯލަރ" ނަމުގައި އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް މަޝްރޫއެއް ފެށި އިރު އަވިހަކަތަ ޕްރޮގްރާމެއް ހިންގަން ސްޓެލްކޯއިން ފަށަފައިވާ ވާކަން އެނގޭ ބާއެވެ. ގޭގޭގެ ފުރާޅު ކުއްޔަށް ހިފައިގެން ފުރާޅުގައި ސޯލަރ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފެއްދުމަށް އެ ކުންފުނިން ހިންގި ޕްރޮގްރާމަށް ލިބުނު ތަރުހީބަކާއި އެކަމުން ނިކުތް ނަތީޖާއަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރެވުނު ހެއްޔެވެ. ހަމަ ތިބެފައި ހަކަތައޭ ހަފްތާ ސާދައޭ މަގޭ ސޯލާއޭ ކިޔާ ތެޅިގަތަކަސް ކަމަކުނުދާނެއެވެ. 

]]>
Tue, 28 Nov 2023 19:23:10 +0500 ހީރަސްނިއުސް
ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި އެންބެސެޑަރުން!؟ https://heerasnews.com/2037 https://heerasnews.com/2037 މާތްކަލާނގެ ކުޅަދުންވަންތަ ކަމާއެވެ. ދައްކަވަން ހުރިތަނެއް ދައްކަވާނެއެވެ. މީހަކަށް ވެރިކަމެއް މިންވަރު ކުރައްވައިފިއެވެ. އެކަމަކު އުޅެ އުޅެވެސް މިވަރުކަމެއް މީހަކު ނުދެކޭނެއެވެ. ވެރިކަން ކުރަން ލިބުނީ ދަރާވިކި ބޯހިކެން ނެތް ގައުމެކެވެ.

ރައްޔިތުންގެ އުންމީދުތަކާ އުފެދުނު އައު ސަރުކާރާ ދެމެދުގައި އޮތްކަމަށް ވަނީ އަޑިނޭގޭ ފުންވަޅުގަނޑެކެވެ. އިގްތިސާދު އޮތީ އަޑިނޭގޭ އެ ފުންވަޅުގަޑުގައި ކަމަށް އަޑަށް ބާރުލާފާ ފުރަތަމަ ދުވަހު ބުންޏެވެ. ރީތިކޮށް އެބުނީ ރައްޔިތުން އުންމީދުތައް ފުރިހަމަކޮށް ނުދޭނެ ވާހަކަ ނޫން ވާހަކައެއް ނޫނެވެ. ރައްޔިތުންގެ އުންމީދުތައް އޮތްތާކު ބާއްވާފާ ކުރާނީ ކުރާނެކަމެކޭ ބުނެވޭނީ އެހާކަށް ވަރަށެވެ. 

އަޑިނޭނގޭ ވަޅުގަޑުގެ ތުންފަތް މަތީގައި ހުރެ ފެށިވެރިކަމުން ރައްޔިތުން ހާސިލުކުރަން ކުރި އުންމީދުތައް މަތިކުރީ ބޮޑު ދިދައަށެވެ. ބޮޑު ދިދައިގެ މަސައްކަތަކީ ރައްޔިތުންގެ އުންމީދުތަކާއެކު ވައިގެ ތެރޭގައި ރެއާއި ދުވާލު ވިހުރިލަ ވިހުރިލާ ހުރުމެވެ. ދިދަ އޭގެ ވާޖިބު ބަރާބަރަށް އަދާކުރާނެއެވެ. ސަރުކާރަށް ފުން ވަޅުގަނޑުން އަރައިގަނެގެން ރައްޔިތުންގެ އުންމީދެއް ހާސިލުކޮށްދެވޭ ކަމަކަށް ނުހަދާނެއެވެ. 

އެހެނެއް ކަމަކު ސަރުކާރަކީ ސަމަންތަރު ހެޔޮ ހައިބަވެތި ސަރުކާރަކަށް ހެދުމަށް ކުރަންޖެހޭ ކަމެއް ކުރާކަށް ހުރަސް ކުރަންޖެހޭ ފުންވަޅުގަނޑެއް ނެތެވެ. 22 ވުޒާރާއެވެ. ކޮންމެ ވުޒާރާއެއްގައި ވަޒިރަކާއި ވަޒީރުން ފެންވަރުގެ އެތައް ވަޒީރެކެވެ. ކޮންމެ ވުޒާރާއެއްގައި ސްޓޭޓް މިނިސްޓަރުންގެ އައިނެކެވެ. ވަޒީރުންގެ ނައިބުންނާއި އެކި ނަންނަމުގެ ސިޔާސީވެރިން އަންނަން އޮތް ވަރެއް ނޭނގެއެވެ. 

ރައީސް އޮފީހުގައި ހާއްސަ މުޝީރާއި ވިއްސަކަށް މިނިސްޓަރުންނެވެ. ނަން ހުސްކޮށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން ފެންވަރުގެ އެތައް ސިޔާސީ ވެރިންނެވެ. ޔުނިވަރސިޓީތަކާއި އިސްލާމީ މަރުކަޒަށް ވެސް މިނިސްޓަރުންނެވެ. މިނިސްޓަރ ފެންވަރުގެ އެމްބެސެޑަރ ލާޖުންނެވެ. ބޭރުގައުމުތަކުގައި އެންބެސެޑަރުން ތިބޭނީ ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި ނޫންކަމެއް ނޭނގެއެވެ. 

ސަރުކާރުގެ ސައިޒްގެ ބޮޑުކަމާއި ވަޒީރުންނާއި ވަޒީރުން ފެންވަރުގެ ބޭފުޅުންގެ ގިނަކަމާއި ސިޔާސީވެރިންގެ ހައިބަތާއި އެންމެހާ ބޭފުޅުންގެ މުސާރަފުޅާއި އިނާޔަތްތަކަށް މަހުންމަހަށް ހިނގާނެ ހަރަދު ހިތަށް އެރިޔަސް ހީބިހި ނަގައެވެ. އެކަމަކު ގައުމު ދަރާވިކި ބޯހިކޭކަށް ނެތޯލައެވެ. ބުނެވޭ ގޮތުގައި ތިބި މުއައްޒަފުންނަށް ކުރިއަށް އޮތްމަހު މުސާރަ ދޭނެ ފަދަވެސް އޮތް ކަމަކަށް ނުވެއެވެ.  

އައު ރައީސަށް ހުވާކޮށްލެވުނީވެސް 22.9 މިލިޔަން ރުފިޔާ ހަރަދު ކޮށްގެނެވެ. ރިޔާސީގަނޑުވަރަށް ސަތޭކައެތައް މިލިޔަން ރުފިޔާގެ ބޮޑު ހޭދައެއްކޮށް އާބާތުރަފިލުވައިގެން ނޫނީ ދިރިއުޅުން ގަނޑުވަރަށް ބަދަލު ކުރެވޭ ކަމަކަށް ނުވެއެވެ. ސަރުކާރުން ކުރުވުމުން ކޮށް ނިމި އަގު ނުދައްކާ އެތައް މަސައްކަތަކަށް އަގުދައްކަން އޮތަސް ވަރިހަމަތާއެވެ. ފަށައިގެން ކުރިއަށްދާ ނުނިމިހުރި ބޮޑެތި އެތައް މަސައްކަތެއް ހުއްޓަސް ފަރުވާލެއް ނެތެވެ. އިސްކަން ދެނީ ސަރުކާރު ބޮޑުކޮށް ވެރިކަމުގެ ހައިބަތު ބޮޑުކުރަން ބޮޑެތި ހަރަދުތައް ކުރާށެވެ. އެކަމަކު ހުއްޓާނުލާ ދައްކަނީ ރިކަރަންޓް ހަރަދާއި ލިބޭ އާމްދަނީއާ ބައްދަލު ނޫން ވާހަކައެވެ.

ރައްޔިތުންނަށްޓަކައި ކުރިން ފަށާ ނުނިމިހުރި މަޝްރޫއުތައް ޖެހެނީ ހުއްޓާލާށޯލައެވެ. ފަށަން ރާވާ ބަޖެޓްކޮށް އެވޯޑްކޮށް މަސައްކަތް ނުފެށި ހުރި ކަންކަން ވެސް ހުއްޓާލުން ނޫން ގޮތެއް އޮތްކަމަކަށް ނުވެއެވެ. އެއިން ކަމެއް ނުކޮށް ހުއްޓާލައިފިނަމަ އިޔާދަ ނުކުރެވޭވަރު ބޮޑު ގެއްލުމަކަށްވިޔަސް ވަރިހަމައޭ ބުނާ ކަހަލައެވެ. މާލެ ސަރަހައްދުން ގޯތިދޭން ހިއްކަމުންދާ ހުޅުމާލޭފަޅާއި ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިއްކުން ހުއްޓާފައިވެސް ފަސޭހަ ރަހުމަތެއްގައި މާލެއާ ގުޅުވާލެވެންނެތް ފުށިދިއްގަރު ފަޅު ހިއްކުން ނޫން ގޮތެއް މި ސަރުކާރަށް އޮތްކަމަކަށް ނުވެއެވެ. ފުކެއް ބޮޑުވަރެވެ.   

]]>
Thu, 23 Nov 2023 13:09:33 +0500 ހީރަސްނިއުސް
ޗައިނާއާ ވާހަކަ ދައްކަން މުއިއްޒު ސިންގަޕޯރއަށް؟ https://heerasnews.com/1957 https://heerasnews.com/1957 ހުވާ ކުރެއްވުމަށްފަހު މުއިއްޒަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ 5 އަަހަރު ވަންދެން ރައީސް ޞޯލިޙް މެނޭޖް ކުރެއްވި ގޮތަށް ދައުލަތުގެ ޚަރަދުތަކާ މުވައްޒަފުންގެ މުސާރަ ހަމަޖެއްސުމެވެ.

ނޮވެމްބަރ 17 ގައި ހުވާ ކުރެއްވި ނަމަވެސް ނޮވެމްބަރ މަހުގެ މުސާރަ ހަމަޖެހިފައި އޮންނާނީ ރައީސް ޞޯލިޙްގެ ވެރިކަމުގެ ތެރެއިންނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޑރ. މުއިއްޒުގެ ވެރިކަމުގެ ދައުލަތުގެ ޚަރަދު ތަކާއި ފުލް މަހެއްގެ މުސާރަ ހަމަ ޖައްސަން ޖެހޭނީ އަންނަ ޑިސެމްބަރ މަހުން ފެށިގެންނެވެ.

ދިރާސާ ކުރާ ފަރާާތްތަކުން ބުރަވާ ގޮތުގައި ޑރ. މުއިއްޒު ހުވާ ކުރެެއްވުމުގެ ކުރިން ސިންގަޕޯރއަށް މިރޭ ފުރާވަޑައިގަންނަވަނީ ބަޖެޓް  ސަޕޯރޓްގެ ގޮތުގައާއި އަދި އެހެނިހެންކަންކަމަށް ބޭނުންވާ ފައިސާ ޗައިނާ އިން ހޯއްދެވުމުގެ ވާހަކަތައް ޗައިނާގެ މަންދޫބުންނާ އެކު ނުރަސްމީކޮށް ބާއްވަން ކަމަށް ގަބޫލު ކުރެވެއެވެ.

ބަޖެޓް ސަޕޯރޓްގެ ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ފައިސާ ދިނުމަކީ ޢާންމުކޮށް ހިނގާ ކަމެއް ނޫނެވެ. އެންމެ ފަސޭހައިން ބަޖެޓް ސަޕޯރޓްގެ ގޮތުގައި މިހާތަނަށް ރާއްޖެއަށް ފައިސާ ދިން ގައުމަކީ އިންޑިއާއެވެ.

މާލީ ގޮތުން އަތްމަތި ދަތި އަލަށް އަންނަ ކޮންމެ ވެރިޔަކަށް އެހީތެރި ވަނީ އިންޑިއާ ބޭނުންވާ ކަންކަމަށް އައު ސަރުކާރުން ވެސް އެއްބަސްނވާނަމަ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ފައިބުޑަށް ނުވެއްޓި ސަރުކާރު މެނޭޖް ކުރާނެ މާލީ އެހީތެރިކަން ރާއްޖެއަށް ދިނުމަށް އެންމެ އަވަސްވާނެ ގައުމަކީ  ޗައިނާއެވެ. ނަމަވެސް މީގެ ކޮންމެ ގައުމަކުން ވެސް އެއްޗެއް ދެންޏާ ދޭނީ ކޮންމެވެސް ގޮތަކުން ރާއްޖެ މަޅިއަކަށް ފެތޭ ގޮތަކަށެވެ. އެއީ ޚާއްޞަކޮށް ކުދިގައުމު ތަކާމެދު ދުނިޔޭގެ އިންސާފު އޮންނަ ގޮތެވެ. މިސާލަކަށް ފަލަސްތީނު އެއޮތީ ފެންނާށެވެ. 

އިގްތިޞޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ރާއްޖެ ހިންދެމި ލެވޭނެ އެންމެ އަވަސް މަގަކީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުން ކަމަށް ވިޔަސް އެއީ އިންޑިއާއިން ރުހޭ ކަމެއް ކަމުގައެއް ނުވެއެވެ.

ދުވާލަކު އެތައް ސަތޭކަ އާގުބޯޓް ފަހަރު އެސަރަހައްދު ހުރަސްކޮށް ދަތުރު ކުރިޔަސް އެކަމުން އިންޑިއާއަށް ނުރައްކަލެއް އޮތް ކަމަކަށް ނުވެއެވެ. ގޯހަކަށް ވަނީ އިހަވަންދިއްޕޮޅުގައި އެބޯޓް ފަހަރަށް ޚިދުމަތް ދީގެން ރާއްޖެއަށް ތަނަވަސް ކަމެއް ލިބި އެހެން ގައުމުތަކަށް ސަލާން ނުޖަހާ އުޅެވޭވަރުގެ ގައުމަކަށް ރާއްޖެވުމެވެ. 

ގަތަރުގެ ކުންފުންޏަކާ އެކު އެމަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް ރައީސް ޞޯލިޙްގެ ވެރިކަން ނިމިއްޖެއެވެ. ދެން އޮތީ ޑރ. މުއިއްޒުގެ ވެރިކަމުގައި އެކަން ކުރިއަށްދޭތޯ ބަލަން ތިބުމެވެ.

]]>
Mon, 30 Oct 2023 20:49:03 +0500 ހީރަސްނިއުސް
މުއިއްޒު މިނިމަމް ވޭޖު ކަފުންކުރާނެ https://heerasnews.com/1862 https://heerasnews.com/1862 މިނިމަމް ވޭޖަކީ މަސައްކަތް ތެރިންނަށް މިސަރުކާރުން ކަށަވަރު ކޮށްދިން ހައްގެކެވެ. މިނިމަމް ވޭޖް ގާނޫނަކުން ކަނޑައެޅިގެން ދިޔުމުން އެންމެ ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔައީ ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތްކުރާ މަސައްކަތް ތެރިންނަށެވެ. ކުޑަކުޑަ މުސާރައެއްގައި ގަނަތެޅުވި ގިނަ ފަތުރުވެރި މުއައްޒަފުނަށް މުސާރަ ބޮޑުތަނުން އުފުލާދޭން ރިސޯޓް އޯނަރުންނަށް މަޖުބޫރު ކުރުވީ މިނިމަމް ވޭޖެވެ. 

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އެމްޑީޕީ ސަރުކާރުން ލޭބަރ ގާނޫނު ފާސްކޮށް ސަރވިސްޗާޖާއި މިނިވަން ވޭޖު ނޫނަސް އެތައް ހައްގުތަކެއް މަސައްކަތް ތެރިންނަށް އެމްޑީޕީ ކަށަވަރު ކޮށާދިނެވެ. ރާއްޖެ އައިއެލްއޯގައި ބައިވެރިވެ ބައިނަލްއަގުވާމީ ހަމަތަކާ އުސޫލުތަކަށް މަސައްކަތްތެރިންގެ ކަންކަން ތަރުތީބު ކުރިއެވެ. 

މަސައްކަތްތެރިންގެ އަޑުއަހައިގެން ބައިނަލްއަގުވާމީ މިންގަޑުން ދުނިޔެ ގަބޫލުކުރާ ހުރިހާ ހައްގެއް ކަށަވަރުކޮށް ދިނުމުގެ މަސައްކަތް މިސަރުކާރުން ފުޅާދާއިރާއެއްގައި ދަނީ ކުރަމުންނެވެ. 

މިނިމަމް ވޭޖު ދެއަހަރުން އެއް އަހަރު ރިވައިޒްކޮށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެންނާން ލާޒިމް ކުރެއެވެ. އެމްޑީޕީ ސަރުކާރަކުން އެކަން ކުރާނެއެވެ. ރިވައިސް ކުރާއިރު ބޮޑެތި ހެޔޮބަދަލުތަށް އައި ނިސްބަތުން އެންމެންގެ މުސާރަ ވެސް ބަދަލު ވާނެއެވެ. 

އެހެނަސް މުއިއްޒުގެ ވެރިކަމެއްގައި މަސައްކަތްޠެރިންނަކީ އެއްވެސް ބަޔަކަށް ނުބަލާނެކަން ކަށަވަރެވެ. ސްކޫލުތަކުގެ ބޮޑު ޗުއްޓީ ކުރިން އޮތްގޮތަށް ބަދަލުކުރާނީ ކަމަށް ބުނި ިބުނުން އޭގެ ހެއްކަކަށް ފުދެއެވެ. އަދި ޕީޕީއެމްގެ ސަރުކާރުން މަސައްކަތްތެރިންގެ ޖަމުއްްޔާތައް އުވާލާނެއެވެ. އައިއެލްއޯގެ އުސޫލުތަކަށް ބޯލެބުމަކި ޕީޕީއެމް ބައިވެރިވާ މުއިއްޒުގެ ސަރުކާރަކުން ކުރާނެ ކަމެއް ނޫނެވެ.

މުއައްޒަށް މުހިންމުވަނީ ވަޒީފާ އަދާކުރާ މީހުނަށް ވުރެ ވަޒީފާދޭ ވިޔަފާރި ވެރިންނެވެ. އަނިޔާވެރިކަމާއެކު މޭޑޭ މުޒާހަރާ ހުއްޓުވަން އުސްކޮށް އުޅުނު މީހުން ނަގާ ކިޔާ ސަރުކާރެއްގައި އައިއެލްއޯއިން ވަކި ވުމަކީ ކުރުން އެންމެ ގާތް އެއްކަންތަކެވެ.

އެނގޭ ކަމަކީ މުއިއްޒުގެ ވެރިކަމެއްގައި ވަޒީފާ އަދާކުރާ މީހުން ވަނީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށެވެ. ވިކޭނީ ބޮޑެތި މަހުޖަނުންނާ ރިސޯޓް އޯނަރުން ގެ ބަހެވެ. މިނިމަމް ވޭޖު ރިވައިޒް ކުރުމެއް ދެވޭ އެންމެކުޑަ މުސާރަ ކަށަވަރު ކުރުމެއް ނުއޮންނަނެއެވެ. ވަޒީފާ އަދާކުރާ މީހުންގެ އަޑު ކަނޑުވާލާ މިހާރު ލިބި އޮތް މިންވަރުވެސް ނުދީ ގެއްލުވާލާނެކަމަށް ގަބޫލުކުރެވެއެވެ.

]]>
Tue, 26 Sep 2023 17:34:18 +0500 ހީރަސްނިއުސް
މުއިއްޒު ދެއްވަނީ ވައުދު ނުފުއްދަވާނެ ކަމުގެ ސިގްނަލް https://heerasnews.com/1835 https://heerasnews.com/1835 ވެރިކަން ހޯދުމަށްޓަކާ ބޮޑެތި ވައުދުތަކެއް ކޮންމެ ކެންޑިޑޭޓަކުވެސް އަންނަނީ ވަމުންނެވެ. ގާސިމް އިބްރާހީމާއި ކާނަލް ނަޒިމާއި އިލްޔާސް ލަބީބާއި ފާރިސް މައުމޫނާއި ޒަމީލު ވީ ވައުދުތަކުގެ ވާހަކަ މިހާރަކު ދައްކާނެ ކަމެއް ނެތްތާއެވެ. އެ މީހުންވީ ވައުދު ފުއްދަން ރައްޔިތުން އެ މީހުނަށް ފުރުސަތެއް ނުދިނެވެ. 

ވީ ވައުދު ފުއްދަން މިހާރު ފުރުސަތު ރައްޔިތުން ދޭނީ ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެ ބޭފުޅުން ކުރެ ކޮންމެވެސް އެއް ބޭފުޅަކަށެވެ. ރައީސް ސޯލިހަށް އެ ފުރުސަތު ދެވަނަ ފަހަރަށް ލިބި ވަޑައިގެންފި ނަމަ ރައީސް ސޯލިހު އެކަންކަން ކުރައްވާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. ރައީސް ސޯލިހު ވަނީ އެކަން ސާބިތުކޮށް ދެއްވާފައެވެ. 

ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން މުޅި ދުނިޔެ ބަންދުވެ ގައުމުތަކަށް އާމްދަނީ ލިބުން ހުއްޓުނެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދިޔައީ ގައުމަށް އެއްވެސް އާމްދަނީއެއް ނުލިބިއެވެ. އޭރު އިސްކަންދެއްވީ ރައްޔިތުން ގެ ފުރާނަ ސަލާމަތްކޮށް ބަނޑުފުރާނަ މުއްތިކޮށް ރައްޔިތުން މިންޖު ކުރެއްވުމަށެވެ. ރައީސްގެ ދުރު ވިސްނުންފުޅާ ހިކްމަތްތެރި ކަމުން ރައްޔިތުންގެ އާއްމު ހާލަތު ގޯހުން ގޯހަށް ނުގޮސް ހިފެހެއްޓުނެވެ. ކޮވިޑްގެ ދަތި ހާލަތުގައި ވެސް ބައެއް މަޝްރޫއުތައް ހުއްޓާ ނުލައްވާ ކުރިއަށް ގެންދެވިއެވެ. އާމްދަނީގެ ގޮތުގައި އެންމެ ފައިސާ ފޮއްޗެއް ދައުލަތަށް ނުވަންނައިރުު ވެސް ފައިސާ ނެތް ކަމަށް ވިދާޅުވެ ރައްޔިތުންނަށް ހިދުމަތް ދިނުން ހުއްޓަވައެއް ނުލައްވައެވެ. ސަރުކާރު މުއައްޒަފުން ގޭގައި ބައިތިއްބަވައިގެން ވެސް މުސާރަ ދެއްވިއެވެ. 

ކޮވިޑްގެ ހާލަތު ހަމަޔަކަށް އަޅުވާ އެންމެ ފުރަތަމަ ބޯޑަރ ހުލުވާލެވުނު އެއް ގައުމަކީ ރާއްޖެއެވެ. ބޯޑަރ ހުޅުވުމާއެކު ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލަކަށް ޖެހިޖެހިގެން ތިން އަހަރު ރާއްޖެ ހައްދަވާ ކޮވިޑްގެ ކުރީން އޮތް ހާލަތަށް އާމްދަނީ އިޔާދަ ކުރެއްވީ ޔުކްރޭން ހަނގުރާމައާއި ގުޅިގެން ދުނިޔެ ވަރަށް ބޮޑަށް ނުތަނަވަސް ވެފައި އޮއްވައެވެ. ދަތި އުދަގޫ ތަހައްމަލު ކުރައްވަމުން ވެސް އަސާސީ ހިދުމަތްތައް ރަށްރަށުގައި ގާއިމުކޮށްދެއްވާ ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގެވީ ސުމާރެއް ނެތް ވަރަށެވެ. ފައިސާ ނެތިގެން ކުކުރާ ވެސް ނުލައްވައެވެ. ފައިސާ ނުލިބުމުގެ ބަހަނާގައި ކުރައްވަން ޖެހުނު ކަމެއް ނުކުރައްވާ ދުލެއް ނުކުރައްވައެވެ. 

ފައިސާ ހޯއްދަވާނެ ގޮތް އެނގިވަޑައިނުގެން މަޔޫސްވެ ވަޑައެއް ނުގަންނަވައެވެ. މުއައްޒަފުންގެ މުސާރަ ބޮޑުކޮށް ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ރައްޔިތުންނަށް ލޯނުތައް ދެއްވާ ދަތުރު ފަތުރުގެ ނިޒާމުން ހައި ސްޕީޑްގައި ރަށްތައް ގުޅާލައްވާ ރާއްޖެ ބޮޑުތަނުން ބަދަލުކޮށް ލެއްވިއެވެ. ދަރަނި އަދާކުރާނެ ގޮތް އެނގިވަޑައިނުގެން ގޮސް ހުސްވެގެން ނޫޅުއްވައެވެ. ދަރަނި މެނޭޖު ކުރައްވާ ގައުމީ ރިޒާވް އެއްދުވަހުން އަނެއް ދުވަހަށް ގެންދެވީ ބޮޑު ކުރައްވަމުންނެވެ. 

އެހެންނަމަވެސް ޑރ. މުއިއްޒާ އޭނާގެ ޓީމް ތަފާތެވެ. ރާއްޖޭގެ ދަރަނި ބޮޑުވެގެން އެ ތިބެނީ ފިއްކަޑައިގެން ގޮސް ގޮހެވެ. ދަރަނި މެނޭޖް ކުރެވިދާނެ ކަމާމެދުވެސް އެތިއްބަވަނީ ޝައްކު ކޮށްކޮށެވެ. ހުއްޓާނުލާ ދަރަނީގެ ވާހަކައިން ރައްޔިތުން ގަންނަވަނީ ބިރެވެ. ގައުމު ހަމަ މަގުގައި ނެގެހެއްޓޭނެ ކަމުގެ އުންމީދެއް އެ ބޭފުޅުންގެ ނެތެވެ. ގައުމީ ރިޒާވްގައި ހުރިކަމަށް ބުނަނީވެސް ލައްޑޫއެވެ. އެވަރަށް އެތިއްބެވީ މާޔޫސް ވެފައެވެ. އެކަމަކުވެސް އެއުޅުއްވަނީ ވެރިކަން ހޯއްދަވާށެވެ.

ފުލުފުލުގައި އެތައް ވައުދެއްވެ ވަޑައިގަތަސް ވެރިކަމަށް ޑރ. މުއިއްޒަށް ވަޑައިގެންނެވި ވިއްޖެ ނަމަ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްވުރެ ނުފުއްދެވުން ގާތެވެ. ދައުލަތުގައި ފައިސާ ނެތްކަމުގެ ބަހަނާ ދައްކަވައިގެން ބައްލަވާނީ ކަމެއްވިއްޔާ ނުކޮށް ވޭތޯއެވެ. މި ސަރުކާރުން ފަށާފައި ހުރިކަންކަން ހުއްޓާލުމާ ފަސްކޮށް ލަސްކޮށް ބަދަލުތައް ގެނައުން ނޫން ކަމެއް ނުކުރައްވާނެއެވެ. ހަރަދު ކުޑަ ކުރުމުގެ ނަމުގައި މުއައްޒަފުން ވަޒީފައިން ވަކިކޮށް މަގުމަތިކޮށް ބިކަ ކުރުން ނޫން ކަމެއް ނުކުރައްވާނެއެވެ. އެކި އެކި މަގާމުގައި އެބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުންނާ ކުރައްވާ ޓްވީޓްތަކުން ވެވަޑައިގަންނަވާ ވައުދުތައް ނުފުއްދަވާނެ ކަމުގެ ސިގްނަލްތައް އެހުރެ ދަނީ ފެންނަމުންނެވެ.  

]]>
Sat, 16 Sep 2023 14:43:12 +0500 ހީރަސްނިއުސް
ވަހީދަށް: ރާއްޖެ ބަނޑަށް ނުޖެހިގެން މޮޔަވަނީތަ! https://heerasnews.com/1772 https://heerasnews.com/1772 ބަނޑަށް ޖެހޭ ވާހަކަ ދައްކައިގެން މީހުން ބިރު ގަންނަވަން ޑރ. ވަހީދެއް ކަމަކު ނޫޅޭށެވެ. ކޮވިޑްގެ އާލަމީ ވަބާގައި ދުނިޔެއަށް ވީގޮތް ފެނުނީ އެންމެ ބަޔަކަށް ނޫނެވެ. ކޮވިޑަށް ފަހު ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށް ގޮވާ ބިރު ދެެއްކީމު ނޫން ހެއްޔެވެ. އެކަމަކު އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކޮށް އެންމެ ބާރަށް އިގުތިސާދު ހަމަޔަކަށް އެޅުނު އެއްގައުމުގެ ގޮތުގައި ރާއްޖެ ވެގެން ދިޔަތަން ނުދެކެން ހެއްޔެވެ. ޖެހި ޖެހިގެން 3 އަހަރު ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލަށް ރާއްޖެ ވީތަން ނުދެކެން ހެއްޔެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ރާއްޖޭގެ އާއްމު ހާލަތު ނުފެންނަނީ ހެއްޔެވެ. އަނގަޔާ އަތާ ދިމާ ނުވާ ވާހަކަ ސިޔާސީ ގޮތުން ދެވޭ ހަމަލައެއްގެ ގޮތުގައި ދެއްކިޔަސް ހަގީގަތަކީ އެއް ނޫނެވެ. މާލޭގެ ކެފޭ ހޮޓާ ރެސްޓޯރެންޓް ތަކަށް ބަލާ ބަލާށެވެ. ފުރި ބާރުވެފައެވެ. 24 ގަޑިއިރު ސޯބުގައެވެ. މަގުމަތީގައި ދުއްވާ އުޅަނދު ފަހަރަށް ބެއްޔަސް އެފަދައެވެ. ތެޔޮ ނޭޅިގެން އެންމެ ސައިކަލެއް ކާރެއް ބާއްވާފައެއް ނެތެވެ. ފްލައިޓް ތަކުން ޖާގައެއް ނުލިބެއެވެ. އަގަކަށް ނުބަލައެވެ. 

ދުވަހު ކުލީ ކޮޓަރިތައް ފުރި ބާރުވެފައެވެ. އޮންލައިން ވިޔާފާރި ތަކާއި ޑެލިވަރީ އަތުފަތު ނޭޅެއެވެ. ސްމާޓް ފޯނާއި އެންމެ ޒަމާނީ އާލާތްތައް އިންތިހާއެވެ. ބެންކޮކާ މެލެސިޔާ ސިންގަޕޯރއަށް ކޮންމެ ދުވަހަކު އުދުހޭ ދިވެހިންގެ އަދަދަށް ބެލިޔަސް ފެންނަނީ އަނގަޔާ އަތާ ދިމާނުވެގެން އުޅޭ މަންޒަރެއް ނޫނެވެ. މިހެން ކިޔާފައި ނުކިޔާނެ ވަކިކަމެއް ނެތެވެ. 

އިގުތިސާދުގައި ވަރު ނެތްނަމަ ކިތަންމެ ބޭނުންވިޔަސް ބޭނުންހާ ކަންކަމެއް ނުވާނެއެވެ. ފަތުއަޑު ކިޔާފައި ފައިސާ ނޭނބުރޭ ނަމަ ހިދުމަތާ ތަކެތީގެ އަގު އަދާކުރަން ފައިސާއެއް ނުހުންނާނެއެވެ. ބާޒާރު ފިހާރަތަކުން ބޭނުން ވަރަކަށް ބޭނުން މުދަލެއް ލިބުމަކަށް ހުރަހެއް ނެތެވެ. ދުވަހުގެ ފުރާގުން ފެށިގެން ބޮޑެތި އިންވެސްޓްތަކަށް ބޭނުންވާ ހުރިހާއެއްޗެއް ދުވަހުން ދުވަހަށް ލިބުމުގައި އެއްވެސް ހުރަހެއް ނެތެވެ. 

އިދިކީލި ނަޒަރިއްޔާތަކުން ކަންކަން ދިރާސާކޮށް ބިރު ގަންނަވަން އުޅޭ ބަޔަކަށް އެކަން ކުރުމަކީ މާއުދަގޫ ކަމެއް ނޫނެވެ. އިގުތިސާދު ފުޅާވެ ރޫފަ ޖެހެމުން އަންނަތަން ދެކެން ބޭނުން ނުވާ ބަޔަކަށް އެތަނެއް ނުފެންނާނެއެވެ. ފެނުނަސް ނުވެސް ދައްކާނެއެވެ. 

ސްރީލަންކާއަށް ޖެހުނު ހާލު ރާއްޖެއަށް ނުޖެހިގެންވެސް ބަޔަކު ހީވަނި އެހެން ކަމެއް ވެގެން އުޅޭހެންނެވެ. ރާއްޖޭގައި މަދު ބަޔަކު މީހުން މަގުމަތީގައި ހުޅުހުޅުން ދޫވެ ބިއްޖެހިފައި ތިބީކީ ރާއްޖޭގައި ޢަމްދަނީ ހޯދާނެ ގޮތް ނެތިގެނެއް ނޫނެވެ. ހޯދެން ނެތިގެނެއްވެސް ނޫނެވެ. މަސްތުވުމަކީ ހަމަ އެކަނި އޮތްގޮތް ކަމަށް ދެކޭ ބަޔަކު ވާނުވާގައި ތިބުމަކީ އިގްތިސާދު ހިންގުމުގެ މައްސަލައެއް ނޫނެވެ. ސްރީލަންކާއަށް ވާގޮތް ރާއްޖެއަށް ވުމަކީ ދެ ގައުމުގެ ތަބީއަތަށް ބެއްޔަސް ވާން އޮތް ކަމެއް ނޫނެވެ.

އިގުތިސާދުގައި ވަރުނެތް ނަމަ އެއްވެސް ތަނެއްގައި ދުނިޔޭގެ ފެންވަރުގެ ވަގު ވިޔާފާރިތައް ހިންގާކަށް ބަޔަކު ނޫޅޭނެއެވެ. ޑްރަގާއި ހަތިޔާރާއި ހަށިވިއްކުން ފަދަ ބޮޑެތި ބޮޑެތި ވަގު ވިޔަފާރިތައް ހިންގާ މީހުންގެ ނާރެހަކަށް ވަކި ވަކި ގައުމުތައް ވެގެން ދަނީ އެގައުމެއްގައި އިގްތިސާދީ ފުދުންތެރިކަން އޮތުމުންނެވެ. ފަހި ވިޔަފާރި ފުރުސަތުތައްް ބޮޑުވީމައެވެ. ކަމެއް ނެތްތަނެއްގައި ބަޔަކު ކުރާނެ ކަމެއް ނުއޮންނާނެއެވެ. 

]]>
Fri, 25 Aug 2023 11:27:15 +0500 ހީރަސްނިއުސް
އައްޑޫގެ ތަރއްގީއަށް ނަޝީދަކަށް ދެން ހުރަހެއްނޭޅޭނެ https://heerasnews.com/1487 https://heerasnews.com/1487 އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީ ނުވެ އޮތީ ރައީސް ނަޝީދުގެ މުނާފިގުކަން ބޮޑުކަމުންނެވެ. އެމްޑީޕީގެ ރައީސްކަމުގައި ހުރެގެން އައްޑޫގެ ތަރައްގީއަށް އެޅެން އޮތް ހުރަހެއް ދިޔައީ އަޅަމުންނެވެ. އައްޑޫ ބާރުވެރި ވިޔަ ނުދިނުމަށް ހީލަތްތެރި ކަމާއެކު ރައީސް ނަޝީދު މަސައްކަތް ކުރަމުން ދިޔައީ އައްޑޫއަށް އެންމެ ހެޔޮ އެދޭ މީހާގެ ސިފަ ދައްކައިގެން ހުރެއެވެ. 

ރައީސް ނަޝީދަކީ މާލެއާއި ރާއްޖެތެރޭގެ ތަފާތު ކުރުން އެންމެ ބޮޑު މީހާއެވެ. ރާއްޖޭން މުޅިން ނެތިގޮސްފައިވާ ބޭފުޅިޒަމާއި ރަސްވަންތަކަން އެ އެންމެ ބޮޑަށް ކަށީގައި ހިފާފައި ހުރި މީހަކީ ރައީސް ނަޝީދެވެ. 

ވިލިނގިއްޔާއި ހެރެތެރެ އާއި ހަންކެޑެ ރަނގަޅަށް ހިނގައިގަތަ ނުދޭން އޭނާ ކުރިހާ ކަންކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. އައްޑޫ ބިން ހިއްކާ ރިސޯޓް ހޮޓާ ހަދަން އިތުރު ފުރުސަތު ސަރުކާރުން ހޯދާ ދިނުމުގެ މަސައްކަތް ފެށުމުން ދައްކަން ފެށި ވާހަކަ ނިކަން ދެކެބަލާށެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީ ނުވެ އުޅެނީ ރަށް ނެތިގެން ނޫން ކަމަށް ބުނެ އައްޑޫއަށް ބިން އިތުރު ކުރުމާ ދެކޮޅަށް ފިތުނަވެރި ވާހަކަ މިހާރު ދައްކަން ފެށީއެވެ. ރައީސް ނަޝީދަށް ވެގެން އައްޑޫ ބިން ހިއްކާ އައްޑޫ ރައްޔިތުން ބާރުވެރި ވިޔަކަ ނުދޭނެއެވެ.

ރައީސް ނަޝީދު އައްޑޫ ރައްޔިތުންނަށް ދެނީ ދޯކާއެވެ. ކުރީގެ ރައީސް ނަޝީދުގެ އޮފީހެއް ވެސް އައްޑޫގައި ހުޅުވި ނޫން ހެއްޔެވެ. އެ އޮފީހަކުން އައްޑޫ ރައްޔިތުންގެ ތަރައްގީއަށް ކުރިކަމެއް ނެތެވެ. އައްޑޫ ރައްޔިތުންގެ ތަކުލީފު ތަކަށް ހޯދާދިން ލުޔެއް ނެތެވެ. ލޯމައްޗަށް ފެންނަ ގޮތަށް ނަންބޯޑެއް ބެހެއްޓުން ނޫނީ އެ އޮފީހަކުން ކުރީ ކީއްޔެވެ. ކަމެއް ނުކުރެއެވެ. 

އައްޑޫއަށް ނިސްބަތް ވިހާ ސިޔާސީ ވެރިންގެ އަބުރު ނަގާލާ ދައުލަތުގެ އިސް މަގާމަކަށް އައްޑޫގެ ތައުލީމީ މީހަކު އަޔަނުދީ އެ އެންމެންގެ ދުވަސް ސިޔާސީ ގޮތުން ދުއްވާލީ ރައީސް ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. ނަމެއްގައި ކަމެއްކޮށް ސިޔާސީ ގޮތުން ވޯޓު ހޯދުމުގެ އައްޑާއަކަށް އައްޑޫ ބަދަލުކޮށްގެން ތުނބުން ވެއްޓޭ ބަތްފުށް ކާން އައްޑޫ ރައްޔިތުންނަށް ޖެއްސި މީހަކީ ރައީސް ނަޝީދެވެ.

ސަރުކާރުގެ އިހްލާސްތެރި މަސައްކަތް އައްޑޫގެ ފަތުރުވެރިކަމަށް ނެތްކަމަށް ބުނަން އެންމެ ތާހިރީ ރައީސް ނަޝީދެވެ. އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރެއްގައި އެމްޑީޕީގެ ރައީސަށް ނުދޭ އިމްތިޔާޒެއް އިނާޔަތެއް އިހުތިޔާރެއް އެހެން މީހަކަށް ދީފައެއް ނެތެވެ. އެމްޑީޕީގެ ރައީސް ނަޝީދު ބޭނުންވިހާ ކަމެއް މިސަރުކާރުން ވަނީ ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އަތްގުޅި ނުކާ އިނާޔަތާއި އެންމެ މަތީ ފެންވަރުގެ ރައްކާތެރި ކަމެވެ. ބޭނުން ވީހާ ބަޔަކަށް ސިޔާސީ ވަޒީފާއެވެ. އެކަމަކު ބާރުވެރި ސިޔާސީ މަގާމް ގަޑެއްވެސް ރައީސް ނަޝީދު އައްޑޫ މަދު މީހަކަށް ނޫނީ ހޯދާ ދީފައި ނުވެއެވެ. އެމްޑީޕީގެ ނައިބު ރައީސްކަން އައްޑޫ މީހަކަށް ލިބުނަ ނުދިނީ ވެސް ރައީސް ނަޝީދެވެ. މަޖިލިސްގެ ރައީސް ކަން ހޯދަން ވެސް ގުރުބާން ކުރީ އައްޑޫގެ އެ ލޮބުވެތި ދަރިއެވެ. 

ސަރުކާރުގައި ރައީސް ނަޝީދުގެ ބާރު އޮތްހާ ދުވަހަކު އައްޑޫގައި ކަންކަން ކުރިޔަ ނުދޭން ބޮޑެތި ހުރަސްތައް ކުރިމަތި ކުރިއެވެ. ރައީސް ނަޝީދުގެ ބާރު ވެރިކަން ސަރުކާރުން ކެނޑުމާއެކު އައްޑުއަށް ކަންކަން ކޮށްދޭތަން އެބަ ފެނޭ ނޫން ހެއްޔެވެ. ދެން ރައީސް ނަޝީދަކަށް އައްޑޫގެ ތަރައްގީއެއް ނުހުއްޓުވޭނެއެވެ. ރައީސް ނަޝީދު އައްޑޫ ރައްޔިތުން ގަން ހިންގަން އުޅުނު ދުވަސް ހިގައްޖެއެވެ. ސަރުކާރުން އާވިސްނުމާއެކު ހިންގަން އުޅެނީ އައްޑޫ ސިޓީ ގަމެވެ. ހެރެތެރެއެވެ. ވިލިގިއްޔެވެ. ހަންކެޑެއެވެ. މުޅި އައްޑޫ ސިޓީއެވެ. ރައީސް ސޯލިހު އުޅުއްވަނީ އައްޑޫ ރައްޔިތުން ގަން ހިންގާކަށް ނޫނެވެ. 

ރައީސް މިހާރު އެ ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވާފައެވެ. ހިއްކުމަށް ހަމަޖެހިފައި ވަނީ ހިތަދޫއާއި މަރަދޫ އާއި މަރަދޫ - ފޭދޫ ގެ އިތުރުން ހުޅުމީދޫއެވެ. ހިތަދޫ 90 ހެކްޓަރާއި މަރަދޫ އާއި މަރަދޫފޭދޫން 76 ހެކްޓަރު ހިއްކާނެއެވެ. ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އައްޑޫ ސިޓީގެ ރަށްރަށުގެ ފަޅުތައް ހިއްކައިގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ވެސް ހިއްކާނެއެވެ. ބަޖެޓް ކުރެވި ބަޔަކާ ހަވާލުކޮށް މަސައްކަތް އެ އޮތީ ފެށިފައެވެ. ދެން ނުހުއްޓުވޭނެއެވެ.

]]>
Sun, 04 Jun 2023 17:13:27 +0500 ހީރަސްނިއުސް
ބަންޑާރަ ބޮޑު ނައިބުން ހެދި ގޯހުގައި މަތިއެޅުން! https://heerasnews.com/1330 https://heerasnews.com/1330

އެއްވެސް އިރެއްގައި ގާނޫނީ ފަންނުގައި ދިޔާނާއާއި އާޒިމާއާއި މުނައްވަރަކީ އެއްވެސް ކަމެއްގައި އެއް ނަޒަރިއްޔާއަކުން ވާހަކަ ދައްކަވާ އުޅުއްވި ބޭފުޅުންނެއް ނޫނެވެ. ސިޔާސީ ހިޔާލު ތަފާތުވުމާހުރެ ކޮންމެ ކަމެއް ސިޔާސީ ކުރައްވައިގެން ސިޔާސީ ނަޒަރުން ތަފާތު މަފްހޫމެއްގައި ނޫނީ މި ބޭބޭފުޅުން ވާހަކަ ދައްކަވާފައި ވާތީ ނުފެނެއެވެ. އާދޭހެވެ. އަނގައެއް އޮތީމާ ވާހަކަ ދެއްކި ދާނެއެވެ. މުޅި ވާހަކައިގެ ރާގު ބަދަލުކޮށްގެން ވެސް ދިޔާނާ ސައީދުމެން ތިޔަ ދައްކަވަނީ ކޮން ވާހަކައެއް ކަން ގިނަ މީހުނަށް އެބަ އެނގެއެވެ.  

މި ބޭބޭފުޅުން ޗާގޮސް މައްސަލައިގާ އެއްގަލަށް އަރުއްވައިގެން އެކައްޗެއް މިކިޔުއްވަނީ ކޮންމެހެން ގައުމީ މަސްލަހަތަށް އިސްކަން ދީގެނެއް ނޫނެވެ. ޗާގޯސް މައްސަލައަކީ ސިޔާސީ ކަމަކަށް ނުހައްދަވާކަށްވެސް ނޫނެވެ. ރައީސް ކަމަށް ކުރިމަތި ލައްވަނެ ކަން އިއުލާނު ކުރައްވައިގެން ހުންނަވާ އިދިކޮޅު ސިޔަސީ ވާދަވެރިން އެއްކުރައްވައިގެން ކުރެވޭ ކަމެއް ސިޔާސީ ނުވަންޏާ ސިޔަސީ ވާނެ ކަމެއް ނުއޮންނާނެއެވެ. އެ އުޅުއްވަނިކީ ސަރަހައްދީ އިމުގެ މައްސަލައަކަށް ވެގެން ގައުމީ މަސްލަހަތު އިސްކޮށް ގެނެއްވެސް ނޫނެވެ. އަބަދުވެސް ސިޔާސީ ގޮތުން ގަދަބަސް ވިދަޅުވާ ދެކަނބަލުން ކަމުގައިވާ ދިޔާނާއާއި އާޒިމާއާއި ޑރ. މުނައްވަރު ސިޔާސީ ކަމެއް ނޫނޭ ވިދާޅުވެ ސިޔާސީ ގޮތުން ޕްރެޝަރ އުފައްދާ މަގުސަދު ސާފެވެ. އާއްމުންނަށް އޮޅުވާލަވަނި ކީއްވެގެން ކަން އެންމެނަށް ވެސް އެނގެއެވެ. 

ވިސްނާލުން ރަނގަޅެވެ. ޗާގޯސް މައްސަލައިގައި ޑރ. މުނައްވަރާއި އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު އެއް ވިސްނުމެއްގައި އެއްގަލަކަށް އަރުއްވައިގެން އެކަޗެއް ވިދާޅުވަނީ ރައްޔިތުންނާއި ގައުމަށް ހެވެއް އެދިވަޑައިގެނެއް ނޫނެވެ. ތިން ބޭފުޅުން އެކައްޗެއް ވިދާޅުވެ ދިފާއު ކުރައްވަން ޖެހޭ ވަރަށް ބޮޑު އަމިއްލަފުޅު އެއް މަސްލަހަތެއް ތިން ބޭފުޅުންނަށްމެ އެބައޮތެވެ. ރާއްޖޭގެ ބަންޑާރަ ނައިބު ކަމުގައި ތިއްބަވައިގެން އިމުގެ މައްސަލައިގައި ހައްދަވާފައި ހުރި ގޯސްތަކާއި ވެވަޑައިގެންފައިވާ އިހުމާލުތައް ދިފާއު ކުރެއްވުމެވެ.

އީއީޒެޑް އިން ފުށުއަރާ ސަރަހައްދެއް ފުށުއަރާ ބަޔަކާއެެކު އެއްބަސްވާ ގޮތަކަށް ބަހައިގެން އިގްތިސާދީ ސަރަހައްދުން ދޫކޮށްލަން ގާނޫނުގައި ލިޔެގެން ތިބި ތިބުމެވެ. އެ ގާނޫނަށް އިސްލާހެއް ނުގެނަސް ތިބި ތިބުމެވެ. ޗަގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ތިބި ތިބުމެވެ. ކޮންޓިނެންޓަލް ޝެލްފް ބައުންޑަރީގެ މައްސަލައަށް ހައްލެއް ހޯދާ ނުދީ އޮތް އޮތުމެވެ. ޗާގޯހަކީ ދުވަހަކުވެސް މިނިވަން ވެދާނެ ތަނެއްކަމަށް ނުވަތަ އެތާނގެ ސިޔާދަތީ ބާރު ސަރަހައްދީ ގައުމަކަށް ލިބިދާނެ ކަމަށް ގަބޫލުނުކޮށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ޗާގޯސްގެ ވެލިރާޅުފަށް ދަމަލައިގެން ތިބެވިދާނެ ކަމުގެ ކޮށި ވިސްނުމުގައި ކަމެއް ނުކޮށް ތިބި ތިބުމެވެ.

ކިތަންމެ ފުންނާބު އުސްވެގެން ގަބޫލު ނުކުރިޔަސް ޗާގޯސްގެ ސިޔާދަތީ ބާރު މިހާރު އޮތީ މޮރިޝަސް އަށެވެ. އެކަން ބަދަލުކުރަން ލިބުނު ހުރިހާ ފުރުސަތެއް ނަގާލުމުގައި އެންމެ އިސް ދައުރު ކުޅުއްވި ތިން ބޭފުޅުން މި މައްސަލާގައި އެއްގަލަށް ނާރާ ވާކަށް ނެތެވެ. އަދިވެސް ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ނޫނޭ ވިދާޅުވެގެން ކުރެއްވި ކަންކަމުގައި މަތި އަޅުއްވަން މިޑިއާ ސްޓަންޓް ޖެއްސެވިޔަސް އެ ގެއްލުން ފުލެއް ނުބެއްދޭނެއެވެ. 

ރާއްޖޭގެ އުތުރުން އިގްތިސާދީ ސަރަހައްދާ ސިޔާސީ ސަރަހައްދުން ބަޔަކާ މަލިކުއާއި ކޮންޓިނެންޓަލް ޝެލްފް ބައެއް ދޫކޮށްލީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫންގެ 7 ވަނަ މާއްދާ ލިޔެ ތަސްދީގުކޮށް ދަމަހައްޓައިގެންނެވެ. އެއިރަކު އެއްޗެއް ގެއްލުނު ކަމަކަށް ނުވެއެވެ. އަޖައިބު ކުރުވަނިވި ކަމަކީ ޗާގޯސްއާއި ޖެހުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫންގެ 7 ވަނަ މާއްދާއާއި އެއްގޮތަށް މި ސަރުކާރުން އަމަލު ކުރުމުން އެބޭފުޅުންނަށް އެކަން ގައިރު ގާނޫނީ ކަމަކަށްވެ ސަރަހައްދުން ބައެއް ދޫކޮށްލި ކަމަށް ވުމެވެ. ހަމަތެދެކެވެ. ތިޔަ އުޅުއްވަނީކީ މިސަރުކާރުން ގޯހެއް ހަދައިގެނެއް ނޫނެވެ. ކުރިން ހެއްދެވުނު ގޯހުގައި މަތި އަޅުއްވާށެވެ.  

]]>
Thu, 04 May 2023 14:41:59 +0500 ހީރަސްނިއުސް
ފެނަކަ ސައީދު ގޯހީ ނަތީޖާ ނެރޭތީ! https://heerasnews.com/1230 https://heerasnews.com/1230 ވެގެން އުޅޭ ގޮތް ވަރަށް ސާފެވެ. ވާދަވެރިން ކޮށިއަރައިގެން އޫޅެނީ އަކީ ފެނަކައިގެ ދަރަނި ބޮޑުވެގެން ނޫނެވެ. ފެނަކަ ސައީދު ކޮރަޕްޓް ވެގެނެއް ވެސް ނޫނެވެ. ވެގެން އުޅޭ ގޮތަކީ ރައީސް ސޯލިހަށް ރައްޔިތުންގެ ތާއީދު ބޮޑުވަމުން ދާތީ ހަޖަމު ނުވަނީއެވެ. ރައީސްގެ ސިޔާސަތުތައް ތަންފީޒުކޮށްދީ ރައްޔިތުން އެދޭ ކަންކަން އެދޭ ގޮތަށް ކޮށްދޭ ކުންފުނިތަކާ އެ ތަންތަން ހިންގަން ތިބޭ މީހުންގެ ހިތްވަރު އެލުވާލާ ފަހަތަށް ޖެއްސޭތޯ އުޅެނީއެވެ. 

އެހެން ނުވާނީ ކީއްވެހެއްޔެވެ. ދުނިޔެ ހެއްދެވީއްސުރެ ރަށްރަށުގެ ރައްޔިތުންނަށް ސަރުކާރަކުން ނުކޮށްދޭ ކަންކަން ކުރު މުއްދަތެއްގައި މި ސަރުކާރުން އެބަކުރެއެވެ. މީހުން ދިރިއުޅޭ 180 ރަށުގެ ތެރެއިން 150އަށް ވުރެ ގިނަ ރަށުގައި ފެނަކައިން އަސާސީ ހިދުމަތްތައް ފަތުއަޑު ކިޔާފާ އެބަދެއެވެ. ސަތޭކަ އެތައް ރަށެއްގެ ރައްޔިތުންގެ ގެދޮރު ގެނދަބުޅިން ސަލާމަތް ކޮށްދީފިއެވެ. އިންޖީނުގެ އަޑުން ކަންފަތު ތޫރި ފަޅައިގެން ދިޔުމުން މިންޖުކޮށް ދީފިއެވެ. ތެލުން ތަގައްޔަރުވި ވަޅުތައް ތޯހިރުކޮށް ދީފިއެވެ. ހަމަޔަށް ކަރަންޓް ނުލިބިގެން ހަލާކުވަމުން ދިޔަ ފުރިޖުތަކާ ފަންކަތަކާ ދޮންނަ މެޝީންތައް ހަލާކުވުން ހުއްޓުވާ އެތަކެތި ގަތުމަށް ކުރަން ޖެހުނު ބޮޑު ހޭދަ ކުރަން ނުޖެހޭ ވަރަށް ހަމައަށް ކަރަންޓް ލިއްބައި ދީފިއެވެ. ކޮންމެ ރަށެއްގެ އިންޖީނުގެއަކީ ގެނދަބުޅީގެ ބާވެ ހަސްނެތިފައިވާ ތަނަކުން ޒަމާނީ ފެންވަރުގެ ބޮޑު ރައްކާތެރި ރީތި ފަހުރުވެރި ތަނަކަށް ހަދާ ދީފިއެވެ. ފެނަކަ ސައީދު ކިހާ ގޯސް ހެއްޔެވެ. 

ޑރ. ޖަމީލުގެ ފިތުނައިގެ ޓްވީޓެއް

ރަށްރަށުގައި ފަހާނާގެ ނިޒާމެއް ނެތި ޖެހުނުތާކު ޖެހުނު ގޮތަކަށް ގޯތި ގޯތީގައާއި މަގުމަތީގައި ހެދި ޖަންގްޝަން ވަޅުގަނޑުތައް ފަޅަފަޅައިގެން ގޮސް މަގުތަކާ ގޯތިތައް ނަޖިސްވެ އަޑީފެން ނަޖިހުން ތަގައްޔަރުވުން އެތައް ރަށެއްގައި ހުއްޓުވައިފިއެވެ. އަދިވެސް ބައެއް ރަށްރަށުން އަންނަނީ ހުއްޓުވަމުންނެވެ. ފާހާނާތަކާ ގުޅިފައިވާ ސެޕްޓިކް ޓޭންކުތައް ސާފުކޮށް ނަޖިސްތައް އުކާލަން ރަށްރަށު މީހުން ކުރި ބޮޑު ހޭދަ ނިމުމަކަށް ގެނެސްދީ މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ވަރުގަދަ ރައްކާތެރި ނަރުދަމާ ނިޒާމެއް އޮތް ރަށަކަށް އިހުތިސާސްގައިވާ ކޮންމެ ރަށެއް ފެނަކައިން އެއަންނަނީ ބަދަލު ކުރަމުންނެވެ. ފެނަކަ ސައީދު ކިހާ ގޯސް ހެއްޔެވެ.

ބޮއެ ފެންވަރާ ހަދަން ކަމުދާވަރުގެ ރައްކާތެރި ފެން އޮތް އެންމެ ރަށެއް އޮތީއެއް ނޫނެވެ. ވާރޭ ނުވެހި ދުވަސްކޮޅެއް ވިޔަސް ގިނަ ރަށްރަށުގައި ބޯފެނަށް ޖެހެއެވެ. ނަޖިސްފެން ވަރައިގެން ނުސާފުފެން ބޮއެގެން އުޅުނު ރަށްރަށު މީހުންނަށް ރައްކާތެރި ފެން ލިބުމަށްވުރެ ވަކީން ބޭނުން ކަމެއް އިންސާނުންނަށް އޮންނާނެހެއްޔެވެ. ފެނަކައިގެ އިހުތިސާސްގައި އޮތް ހުރިޙާ ރަށަކަށް މެދުނުކެނޑި ރައްކަތެރި ފެންލިބޭނެ އަގުބޮޑު ނިޒާމެއް ފެނަކައިން ގާއިމުކޮށްދީ އެހެރަ ނިމެނީއެވެ. ފެނަކަ ސައީދު ކިހާ ގޯސް ހެއްޔެވެ.

މަސްވެރިން ބާނަމަސް އައިސްކުރަން ބޭނުންވާ އައިސް ފަސޭހައިން ލިބެން ނެތުމުގެ އުދަގޫ ތަހައްމަލު ކުރަމުން ދަނިކޮށް ހުއްޓިފައި ހުރި އައިސް ޕްލާންޓްތައް އަލުން އޮޕަރޭޝަނަށް ގެނެސް ފެނަކައިން ހިދުމަތް ފޯރުކޮށްދޭން ފެށީއެވެ. ރާއްޖޭގެ ސާދަ ހިސާބެއްގައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ ގޮތަށް ފެނަކައިވަނީ ހަދާ ދީފައެވެ. ފެނަކަ ސައީދު ކިހާ ގޯސްހެއްޔެވެ.

ފެނާއި ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް ކޮންމެ ރަށެއްގައި ފޯރުކޮށް ދިނުމުގައި އަމަލީ ގޮތުން ހަރާކާތްތެރިވާނެ މުއައްޒަފުން ހޯދާ ވަޒީފާ އެތައް ބަޔަކަށް ފެނަކައިން ވަނީ ދީފައެވެ. ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރާނެ ފުރުސަތު ކޮންމެ ރަށަކުން އެތައް ބަޔަކަށް ހޯދާދީ ރަށްފުށު މީހާގެ ޖީބަށް މުސާރައިގެ ގޮތުގައި މަހުން މަހަށް ފައިސާ ވަންނާނެ ގޮތް ފެނަކައިންވަނީ ފަހި ކޮށްދީފައެވެ. ފެނަކަ ސައީދު ކިހާ ގޯސް ހެއްޔެވެ.

މިސަރުކާރުގެ ކާމިޔާބީތަކާ ދެކޮޅުވެރިން ހަސަދަވާނެއެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ނަތީޖާ ނެރެދޭ ކުންފުނިތަކާ އެ ތަންތާގެ ވެރިން ރޭރުކޮށް ފަހަތައް ޖެއްސޭތޯ ފިތުނަ ފަސާދަ އުފައްދާނެއެވެ. ކޮރަޕްޝަނޭ ދަރަންޏޭ ބަނގުރޫޓޭ ކިޔާނެއެވެ. ބޭނުމަކީ އެންމެ ކަމެކެވެ. ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުނަނުދިނުމެވެ. ހައަނގަ ޖަމީލުމެން ކުރާ ޓްވީޓުން ވެސް އެކަން އެނގޭނެއެވެ. މާލީ ވަޒީރާއެކު ފެނަކަ ސައީދާއި ސްޓެލްކޯ ޝަރީފާއި އެމްޓީސީސީ އާޒިމް ޓާގެޓްގައި އެއޮތީ އެހެން ވެއެވެ. 

]]>
Thu, 13 Apr 2023 21:57:56 +0500 ހީރަސްނިއުސް
ފެނަކައިގެ ތަސައްވަރު ކިލަނބު ކުރަނީ ސިޔާސީ ބޭނުމެއްގާ https://heerasnews.com/1226 https://heerasnews.com/1226 ރައީސް ސޯލިހުގެ ވެރިކަމަށް ފެނަކަ ނަގުލު ވީއިރު:-  

* 1.2 ބިލިޔަންގެ ދަރަނި އޮތް. 

* 115 ވަރަކަށް އިންޖީނުގެ ބައުވެ ހަސްނެތިފައި ހުރި

* މަސައްކަތުގެ އަގުނުދޭ އެތައް އިންޖީނުގެއެއް ހުރި

* އަގުނުދައްކާ އެތައްހާސް ޓަނެއްގެ ތެޔޮ އޮތް

އެސްޓީއޯގެ އެމްޑީއަކަށް ހުރި އަމުރު ވަޒީފާއިން ވަކިކުރުމުން 1.8 ބިލިޔަން ރުފިޔާއަށް ފެނަކަ ދަރާފައި އޮވެގެން އެސްޓީއޯ ބަނގުރޫޓް ވާކަމަށް މިހާރު ވެއްޖެއެވެ. އެ ބުނާ ދަރަންޏަކުން ފެނަކަ ދަރުވާލީ ހަތަރު އަހަރަށްވުރެ ގިނަ ދުވަހު އެސްޓީއޯ ހިންގަން އަމްރު ހުރެގެންނެވެ. ބައެއް އަމިއްލަ ފަރާތްތަކުން ފެނަކައަށް ހިދުމަތް ހޯދާ އަގުނުދީ އޮތް ކަމަށް ވެގެން ހައެއްކަ މީހުން އަތަށް ބޯޑު ދީފައ ފެނަކަ ދޮރުމައްޗަށް މުޒާހަރާ ކުރަން ފޮނުވުމުގެ ބޭނުމާ އަޑި އޮތްގޮތް އެބަ އެނގެއެވެ. 

ބުނަން ހެއްޔެވެ. ރައީސް ސޯލިހުގެ ވެރިކަމަށް ފެނަކަ ނަގުލު ވީއިރު ބޮޑެތި ބޮޑެތި ގޮންޖެހުންތައް ހުއްޓެވެ. 1.2 ބިލިޔަންގެ ދަރަނި އޮތެވެ. 115 ވަރަކަށް އިންޖީނުގެ ބައުވެ ހަސްނެތިފައި ހުއްޓެވެ.

ބަޔަކަން މަންފާ ތަކެއް ހޯދާ ދިނުމަށްޓަކާ ބޮޑު ހަރަދުކޮށްގެން ގަނެ ސްޓޮކްކޮށްފައި ބޭނުމެއް ނުހިފޭ ގިނަ އަދަދެއްގެ ސްޕެއަރޕާޓާއި އިކްވިޕްމަންޓްސްގެ ތިން ހަތަރު ގުދަން ބަރާކޮށް ހުއްޓެވެ. ސެކަންޑް ހޭންޑް ޖެންސެޓްތަކެއް ބްރޭންޑް ނިއު އެއްޗެތީގެ ގޮތުގައި ރާއްޖެއަށް ގެނެސްފައި ވެއެވެ. ބައެއް ރަށްރަށުގައި ބެހެއްޓުމަށް ޓްރަންސްފޯމަރ ގަތުމަށް މިލިޔަނުން ހަރަދުކޮށްފައި ވާއިރު އެއިން ރަށެއްގާ ޓްރާންސްފޯމަރު ބަހައްޓާފައެއް ނުވެއެވެ. މަދު ރަށެއްގައި އަލަށް އިންޖީނުގެ އަޅާފައި ވާއިރު އެއިގެތެރެއިން ގިނަ ރަށްރަށުގެ އިމާރާތްކުރި މީހުނަށް އަގުދީފައެއް ނުވެއެވެ.   

ރަށްރަށުގައި ކަރަންޓް ކެނޑެނީ ބޮޑުގެރި ބޭރަށް ހިންގާހެނެވެ. އިންޖީނުގެއާއި ދުރު ހިސާބު ހިސާބަށް ކަރަންޓް ލިބެނީ އައިވީއަކުން ތިކި ޖަހާހެނެވެ. އެހިސާބުގެ ތަންތާ ފަންކާ އެނބުރެނީ ވައިމަޑު ދުވަހެއްގައި އެނބުރޭ ބުރަފައްޗެއް ހެންނެވެ. ގިނަ ރަށްރަށުގައި އެކަށީގެންވާ ކޭބަލް ނެޓްވޯކެއް ޑިސްޓްރިބިއުޝަން ފޮއްޓެއް ނުހުރެއެވެ. ބިޔަބޮޑެތި ގިނަ ރަށްރަށުގައި ޓްރާންސް ފޯމަރެއް ނުހުރެއެވެ. ގިނަ ފަހަރަށް ރަގަޅަށް ހިނގާ ހުންނަނީ އެއް އިންޖީނު ދެ އިންޖީނެވެ. މަދު ރަށެއްގައި ނޫނީ ދެތިން މުއައްޒަފުން ނުތިބެއެވެ. ބޭނުންވާ ތެޔޮ ރައްކާ ކުރެވޭ ގޮތަށް ހުރީ މަދު ރަށެއްގައެވެ. 

ބުނެވެ ދިޔަ ހުރިހާ ގޮންޖެހުން ތަކާއެކު މިހިނގާ ފަސް އަހަރުގެ ތެރޭގައި  530އަށް ވުރެ ގިނަ ކެޕިޓަލް އިންވެސްޓްމަންޓް ފެނަކައިން ވަނީ ރަށްރަށުގައި ގާއިމުކޮށްފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 180 ރަށުގެ ތެރެއިން 150 ރަށުގައި ފެނަކައިން މިހިނގާ ފަސް އަހަރު ކޮށްފައި އެވަނީ މީގެ ކުރިން އޮތްހާ ސަރުކާރު ތަކުން ނުކޮށް އިހުމާލުކޮށްލާފައިވާ ބަރު ބުރަ އުނދަގޫ މަސައްކަތެވެ.

އެތައް ޒަމާނެއް ވަންދެން އެތައް ބަޔަކު ނުކޮށް ދޫކޮށްލާފައިވާ ބޮޑެތި މަސައްކަތް ތަކެއް އެއްފަހަރާ މުޅި ރާއްޖޭގައި ކުރާއިރު ދަރަނިވެރި ވެސް ވާނެއެވެ. ދަރަނިވެރިކަމާ އެކުގައި ވިޔަސް އެއްފަހަރާ ހުރިހާ ކަމެއްކޮށް ނިންމާލުމުން ދެން އެގޮތައް އެހަރަދެއް އެތައް ޒަމާނެއް ވަންދެން ކުރާކަށް ނުޖެހޭނެއެވެ. ފެންވަރު ހުރި ރައްކާތެރި އަސާސީ ހިދުމަތްތަކެއް އޭރުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ލިބިލިބި ހުންނާނެއެވެ. 

ކާމިޔާބަށް ވާސިލުވުމަށް ދަރަނިވެރިވެ ދަރަނި ރި-ސްޓްރަކްޗަރ ކޮށްގެން ކާމިޔާބީއަށް ވާސިލުވެ ނަފާވެރިވާތަން ދެކެން ބޭނުން ނޫން މީހުން އަތްގުޅި ނުކާވަރުގެ ބޮޑެތި ވާހަކަ ފަތުރަނީ ފެންނަ ކާމިޔަބީތައް ހަޖަމު ނުވާތީއެވެ. ފެނަކައިން ރާއްޖޭގެ ރަށްތަކުގެ ނިކަމެތި އާއިލާ ތަކުގެ ދަރިންނަށް ވަޒީފާ ލިބި ރަށުގައި ތިބެގެން ވަޒީފާ އަދަކުރެވޭގެ ގޮތް ހަދާ ދިނުމަކީ ވާދަވެރިން ދަތްވިކޭނެ ކަމެކެވެ. ވަޒީފާގެ ފުރުސަތު ރަށްރަށުން ނުލިބޭތީ ދަތްކެރުވި މީހުން ފެނަކައިން އެ ފުރުސަތު ހޯދާދޭތީ ވެސް ކަމަކު ނުދެއެވެ.

ރާއްޖޭގެ އެތަން މިތާ ބާރު ދުވެލީގައި ރަށްރަށުގައި ހިންގާ މަޝްރޫއު ތަކުގެ ސަބަބުން ރައްޔިތުންގެ ލޯތްބާއި އިތުބާރު ސަރުކާރަށް ލިބުމަކީ ވާދަވެރިނަށް ރޭނިދި ނިދޭނެ ކަމެއް ނޫނެވެ. ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ރަށްރަށު މީހުނަށް ފެނަކައިން ވަޒީފާ ދިނުމަކީވެސް ވާދަވެރިން ފެނަކައިގެ ނަން ހަރާބު ކުރާ ސަބަބެކެވެ. ފެނަކައާއި މެދު ފަތުރާ ދޮގު ބުހުތާން ވާހަކަ ތަކުގެ ހަގީގަތް ހަމަކޮށްދޭ ނޫސްވެރިންނާއި ނޫސްތަކަކީ ވިކިފައި ތިބި ބައެއްކަމަށް ހަދައިގެން ފިތުނަވެރި ވާހަކަ ފަތުރަނީ ވެސް އެހެން ވެގެންނެވެ.

]]>
Wed, 12 Apr 2023 20:53:24 +0500 ހީރަސްނިއުސް
ބަނގުރޫޓް ދައުލަތަކާ ހަވާލުވަނީ ކީއްކުރަން! https://heerasnews.com/1200 https://heerasnews.com/1200 ރާއްޖޭގެ އިގުތިސާދުގައި މައްސަލައެއް ނެތޭ ބުނީ ކާކު ހެއްޔެވެ. ހުރި މައްސަލަތަކާ އެކު ރޭވުންތެރި ކަމާއެކު ކުރަން ބޭނުން ކަންކަން ކޮއްގެން މެނޭޖު ކުރެވޭނީ ލައްކަ މޮޅުވީމައެވެ. ސްރީލަންކާއަށް ކުރިމަތިވި ފަދަ ތަދުމަޑު ކަމެއް ކުރިމަތިވުމުގެ ފުރުސަތު އެދުވަސްވަރު އެންމެ ބޮޑު އެއްގައުމަކީ ރާއްޖެކަމަށް ދުނިޔޭގެ ބައެއް މާލީ އިދާރާތަކުން ބުންޏެވެ. ކޮވިޑްގެ ވަބާއަށް ފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދު އޮތީ ރާއްޖޭގައި ކަމަށް ބުނީވެސް ހަމަ އެ އިދާރާ ތަކުންނެވެ. 

ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ އިދާރާ ތަކުން ދިރާސާކޮށް އަބަދުވެސް ރެކަމަންޑޭޝަންތައް ދެއެވެ. އެހުރީ ރަނގަޅު ކަންކަމެވެ. އެ ރެކަމަންޑޭޝަން ތަކުން ހެޔޮފައިދާ ކުރެއެވެ. ދުރާލާ ތައްޔާރުވެ ކްރައިސަސް މެނޭޖުކުރަން ފަސޭހަވެއެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކަކީ ސިޔާސީ ގޮތުން ސަރުކާރުތައް ބަލިކޮށް ގައުމުތައް ބަނގުރޫޓް ކުރަން ނެރޭ އެއްޗެއް ނޫނެވެ. 

ސިޔާސީ ވާދަވެރިން ސަރުކާރާ ދެކޮޅަށް ދަރަންޏޭ ދެކޮޅެއް ނުޖެހޭ ނުކިޔަނީ ކޮން އިރަކު ހެއްޔެވެ. އެއްކޮޅުން އެވެނިކަމެއް ނުވެޔޭ މިވެނި ކަމެއް ނުވެޔޭ ކިޔާ އަނގަދިޔާ ކުރަމުން ދަރަންޏޭ ހަރަދު ބޮޑޭ ގޮވާ ނަގާނެއެވެ. ސިޔާސީ ބޭނުމަށް އަނގަފުރާ ދައްކާ ވާހަކަތަކުން ހީވަނީ ރާއްޖޭގައި އޮތްހާ ނުބައިކަމަކާ ދަރަންޏަކާ ހަރަދަކާ ފިތުނަޔަކާ ފަސާދައަކީ މި ސަރުކާރު އައިފަހުން އަލަން އުފަން ކުރުވި ކަންކަން ހެންނެވެ. 

ޒަމާނުއްސުރެ ވާރުތަ ވަމުން އައި ދަރަނީގެ ދަންތުރައަކީ މި ސަރުކާރަށް ވެސް އޮތް ބޮޑު ބުރައެކެވެ. އެކަމުގެ ސަބަބުން ކުރަންޖެހޭ ގިނަ ކަންކަން ކުރުމަށް ބޭނުންވާ ވަރަށް އާމްދަނީއެއް ނުލިބެއެވެ. ދަރަނި އަދާކުރަން ވެސް ދަރަނި ނަގަން ޖެހެއެވެ. އެހެނެކޭ ކިޔާ ކާނާޔާ ބޭހާ ތެލާ އަތްފޯރާ އަގުގައި ރައްޔިތުންނަށް ފޯރުކޮށް ނުދީ ހަދާނެ ގޮތެއް ބުނެބަލާށެވެ. ބޭސް ފަރުވާއާއި އާސަންދައަށް ހަރަދު ނުކޮށް ވާނެ ގޮތެއް ކިޔާބަލާށެވެ. 

ސަރުކާރު ކުންފުނި ތަކަށް ދައުލަތުން ފައިސާ ހަރަދު ކުރާތީ އެކަމާ މޭނުބައި ކޮށްގެން ވާހަކަ އެބަ ދައްކައެވެ. ހެއްދެވީއްސުރެ އަސާސީ ހައްގު ތަކުން މަހުރޫމް ކޮށްލާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެހެން އެކަން އެކުރަނީ ހަރަދު ކުޑަ ކުރުމަށާއި ދަރަނި މެނޭޖް ކުރުމަށާއި އާއްމު ކުންފުނިތަކާއި ޖަމާއަތް ތަކުން އުފުލަން ޖެހޭ ތަކުލީފް ކުޑަކުރުމަށެވެ.

ނިކަން ވިސްނާލަ ބަލާށެވެ. ހެއްދެވީއްސުރެ ރާއްޖޭގައި ރަށްރަށް ހުއްޓެވެ. މީހުން ދިރިއުޅެންފެށި ވަކި ޒަމާނެއް ނޭނގުނަސް އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. އެކި ނަންނަމުގައި އެކިފާޑުގެ ވެރިކަން ވެސް ކޮށްފިއެވެ. އެކަމަކު މަދު ރަށެއްގައި ނޫނީ ސާފު ތާހިރު ފެނެއް ނެތެވެ. ލަފާ ފުރޭނެ އެކަށީގެންވާ ބަނދަރެއް ނެތެވެ. ގިނަ ރަށްރަށުގައި ކަރަންޓް ދެނީ ނަމަކަށެވެ. އެރަށް ރަށުގައިވެސް އުޅެނީ ދިވެހިންނެވެ. ގާނޫނު އަސާސީން ހައްގު ކަށަވަރު ކޮށްދޭ ރައްޔިތުންނެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގު ކަށަވަރުކޮށް ދޭން ނޫޅެ ސަރުކާރަކުން ކުރަން އޮންނާނީ ކޮންކަމެއް ހެއްޔެވެ. 

އެވެނެތާކު މިވެނެ ކަމެއް ނެތިގެން މިވެނި ތާކު އެވެނި ކަމެއް ނެތިގެން އިދިކީލިންގެ ދެފައި ކައިރި ނުވެއެވެ. ކަމެއް ފަށައިފިތަ އެނިމުނީއެވެ. އެކަމެއް ނުނިމިގެން ނިމުންލަސް ވެގެން ދަމާ ހާސަރު އެހާ ގިނައެވެ. ބަސްބުނާ ހިނދުން ޓިސްލާފައި ކަންކަން ވާންވެސް ޖެހެއެވެ. ކަންކަން ކުރާއިރު އެކަންކަން ކުރާނެ މީހުން ބޭނުންވެއެވެ. އެކަމަށްޓަކާ ރަށަކުން މީހަކަށް ވަޒީފާއެއް ދިނަސް ހީވާނީ ރޮލާކައިފާނެ ހެންނެވެ. އެހެނަސް މީހުންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި ވަޒީފާ އުފައްދާފައި ނެތިގެންވެސް ވާދަވެރިން ހީވަނީ ރަލެއް ބޮވިގެން އުޅޭހެނެވެ.

އަޖައިބަކީ ދަރާވިކި ބަގުރޫޓް ވެފައިވާ ދައުލަތަކާ ހަވާލު ނުވެވިގެން ބައިހަދާފައި އުޅޭ އުޅުމެވެ. އެކަކު ޕާޓީ ޓިކެޓް ހިފައިގެން ޖަލުގައި ތެޅެފޮޅެނީއެވެ. އަނެކަކު އަމިއްލަ ޕާޓީގެ ޓިކެޓް ނުލިބުމުން ބޮލާފޮށާ އެޅެނީއެވެ. އެޅިހާ ބޯކިބަލުން ލިބުނު ބައި ކުޑަވެ ބޯކިބާ އެކީ ކާލަން ދަތްދިލެނީއެވެ. އެކަނިމާ އެކަނި މަރުފަލި ޖަހާ ބަޔަކުވެސް އެބައުޅެއެވެ.   

އައު ބަޔަކު އައުމުން ހުރި ދަރަނި ނެތްކަމަށް ވާނެ ހެއްޔެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދާ ނުދީ ކުރަން ހުރި ކަންކަން ނުކޮށް ވާން އޮތީހެއްޔެވެ. ވޯލްޑް ބޭންކުން އެބުނާ ހާލަތާއި ވާދަވެރިންގެ ކަން ބޮޑުވުންތަކާ ކުއްލި ބަދަލަކުން ގައިމުވެސް ހައްލެއް ނުވާނެއެވެ. އިބޫއަށް އިތުރު ފަސް އަހަރު ދީގެން ހަމަޔަކަށް އަޅުވާލީމާ ވާދަވެރިން ދެން ވެރިކަން ހޯދިއްޔާ މާ ރަނގަޅުވާނެއެވެ. 

]]>
Wed, 05 Apr 2023 17:21:12 +0500 ހީރަސް
ރައީސް ނަޝީދުގެ ކެބިނެޓް ސެކްރެޓަރީ އެސްޓީއޯގެ އެމްޑީކަމަށް https://heerasnews.com/1179 https://heerasnews.com/1179 އެއީ ޕްރޮފެޝަނަލް ސީކެޕްޓަނެކެވެ. ވާއެއްޗެއް ވަންދެންވެސް ކަނޑުމެދުން ބޯޓު ދޫކޮށްލާ ފުންމާލާ ވައްތަރެއް ނޫނެވެ. އޭގެ އިތުރަށް ސްޓޮކް މާރކެޓްގެ ދާއިރާގެ ތަޖްރިބާ ހުރި ބޭފުޅެކެވެ. 

އެމްޑީޕީ ރަޖިސްޓްރީ ވުމުގެ ކުރިން އޮތް ފުރަތަމަ ވަލީ ކޮމެޓީ ހިނގީ ރައީސް މައުމޫނުގެ އަނިޔާއަށް ބިރުން އިންޓަރނެޓް މެދުވެރި ކޮށެވެ. އޭރުގެ ވަލީ ކޮމެޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓީ އޭނާއެވެ. 

2008 ގައި ރައީސް މައުމޫންގެ ވެރިކަން ނިމި އެމްޑީޕީގެ ވެރިކަން ފެށުނެވެ. ރައީސް ނަޝީދުގެ ކެބިނެޓަކީ ވެރިކަން ބަދަލުވުމުގެ ރުޅިއާ ހަސަދައިގާ އިދިކޮޅުން އެންމެ ހޫނު ހަމަލާ ދިން ކެބިނެޓެވެ. މިހަލަބޮލިކަމުގެ ތެރޭގައި އޭރުގެ ކެބިނެޓާ ސިޔާސީ މަގާމު ތަކުން އަދާ ކުރި ދައުރަށް އެމްޑީޕީ މެމްބަރުން ފަޚްރުވެރި ވާނަމަ އެއީ އޭނާގެ ކުޅަދާނަ ކަމާ ހުނަރުވެރި ކަމެވެ. 

ކޮވިޑްގެ ބަނަ ވިލާތަކުން އުދަރެސް ބެއްދި ފަހުން، މާލޭ ބަނދަރު ބައްދާނެ ދިވެހިންގެ އަމިއްލަ އާގު ބޯޓް ކުންފުނި އުފައްދަވަން ރަައީސް ޞޯލިހް ނިންމެވި އެވެ. އެމްއެސްއެސްއަކީ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ފަައިދާވާ ކުންފުންޏަކަށް ބަދަލު ވެއްޖެއެވެ.  

އެ ކުންފުނިން އެންމެ ފަހުން ގަނެފައިވާ އާގު ބޯޓް ދަރުމަވަންތަ ހޮސްޕިޓާ ކަައިރީގައި ކޮޅަށް ބަހައްޓައިފި ނަމަ، ހޮސްޕިޓާ އަރާނީ ބޯޓުގެ މޭކަށިގަނޑާ ހަމައަށެވެ.

އަމްރުގެ ފަހުން އެސްޓީއޯގެ އެމްޑީގެ މަގާމަށް އެވަޑައިގަންނަވަނީ މިދެންނެވި ބޭފުޅާއެވެ.  ރަައީސް ނަޝީދުގެ ވަރަށް އަރިސް އެ މަނިކުފާނުގެ ކެބިނެޓް ސެކްރެޓަރީ ކޮށީގޭ ޢަބްދުﷲ ސަޢީދެވެ. އެމްޑީޕީ މީހުން ދަންނަ ކޮއްޓޭއެވެ. ކޮއްޓޭއަކީ ވަރަށް އުޞޫލީ ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަމެއް ނަމަ އޭނާ ހުންނާނީ  ރައީސުލްޖުމްހޫރިއްޔާއަށް ވާގިވެރި ވުމުގައެވެ. ނިޔާމަ އަމާން ދަތުރަކަސް ނޫނީ ތޫފާނީ ރާޅުގެ މެދުގައި ވިޔަސް ހުންނަން ޖެހޭ ގޮތުގައެވެ.

]]>
Tue, 28 Mar 2023 19:35:25 +0500 ހީރަސް
ދޮގުނުކުރެވޭނެ ހަގީގަތް: ކުދި އަދި މެދުފަންތި ވިޔާފާރި https://heerasnews.com/1021 https://heerasnews.com/1021 ޕްރައިވެޓް ސެކްޓަރަކީ ދިވެހި އިގްތިސާދުގެ ދިރުމެވެ. ޕްރައިވެޓް ސެކްޓަރގެ ވިޔާފާރި ކުރިއެރުވުމަށް މި ސަރުކާރުން ކަންކަން ނުކުރާ ކަމަށް ވާދަވެރިން އެބަބުނެއެވެ. ވާދަވެރިން އެބުނާ ބުނުމުގައި އެއްވެސް ހަގީގަތެއް ނެތްކަން ސާބީތުވާ އެންމެ ބޮޑު އެއް ހެއްކަކީ އެސްއެމްއީ ބޭންކެވެ. 

އެސްއެމްއީ ބޭންކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިވެދޭ ދިނުމަކީ އެޅުނު އެންމެ ހަރުދަނާ އެއް ފިޔަވަޅެވެ. އެސްއެމްއީ ބޭންކް ކަށަވަރުކޮށް ދެނީ އުންމީދީ މަންޒަރެކެވެ. ޒުވާނުންނާއި އަންހެނުން އުފެއްދުންތެރިކަމުގާ ކުރިއަށްދާ ދިޔުމެވެ. މަސައްކަތްތެރިކަމާއި ވިޔަފާރީގައި ކުރިއަރާ ދާން އެދޭ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ދެމުން ދަނީ ކެނޑިނޭޅިއެވެ. 

ކުދި އަދި މެދުފަންތީގެ ވިޔާފާރިކުރާ 1100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެސްއެމްއީ ބޭންކުން މިހާތަނަށް ދޫކޮށްފައި ވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ލުއިލިބި އަންހެނުންނާއި ޒުވާނުން ފުދުންތެރިވެ ބާރުވެރި ވަމުން އެދަނީ ފަތުއަޑު ކިޔާފައެވެ.

އަނެއް ކޮޅުން އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ބައިނަލްއަގުވާމީ ވާން ފެށިފެށުމަކީ ހެޔޮފާލެކެވެ. ޖަޕާންގެ ނަރީޓާ އަދި ކަންސާއި އެއަރޕޯޓުން އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް މިހާރު އެހުރީ ލިބޭށެވެ. މިފެށުން ފުޅަވެގެން ގޮސް ކުރިއަށް އޮތްތަނުގާ ދުނިޔޭގެ އެކި ގައުމުތަކުން އޯތެންޓިކް ދިވެހި އުފެއްދުންތައް ލިބޭކަށް ލަހެއް ނުވާނެއެވެ. އޯތެންޓިކް މޯލްޑިވްސް ފިހާރަތަކަކީ މިފަދަ އުފެއްދުންތައް މާކެޓްކޮށް އެވިޔަފާރިއަށް ފަހިކަން ގެނެސްދިނުމުގެ ޕްލެޓްފޯމެވެ. އޭގެ ޒަރީއާއިން 2000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ދުނިޔޭގެ މާކެޓްގާ ޑިސްޕްލޭ ކުރެވޭނެ މަގު ފަހިވެއްޖެކަން ގައިމެވެ. ރައީސް ސާލިހު ވިދާޅުވާހެން މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން އޯތެންޓިކް މޯލްޑިވްސް ވިޔަފާރީގާ ހަރަކާތްތެރިވެއެވެ.  އޭގެ 57 އިންސައްތައަކީ އަންހެނުން ކަމަށް ވުމަކީ އަންހެނުން ފުދުންތެރިވެ ބާރުވެރި ވަމުން ދާކަމުގެ ދަލީލެކެވެ. 

ރައީސް ސާލިހުގެ ހެޔޮވެރިކަން ފެނުނަސް ނުފެންނަ ކަމަށް ހަދާ އޮޅުވާލަން އުޅުނަސް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަކަށް އެކަމެއް އޮޅުވައެއް ނުލެވޭނެއެވެ. ވީކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. ސިޔާސީ ފިތުނައިގެ ހުޅުގައި އަދާ ހުލިވެދާނީ ހެޔޮވެރިކަމެއްގެ ހެޔޮކަން ލިބިގަންނަން ނޭނގޭ ހަސަދަ ވެރީންނެވެ.

]]>
Thu, 09 Feb 2023 16:49:54 +0500 ހީރަސް
އަހަރު ނިންމާލީ ބަނޑަށްނުޖެހި 827 މިލިޔަން ޑޮލަރގެ ރިޒާވާއެކު https://heerasnews.com/895 https://heerasnews.com/895

ދައުލަތުގެ ރިޒާވް 827 މިލިއަން ޑޮލަރަށް

ސްރީލަންކާއަށް ޖެހުނު ހާލަށް ވުރެ ދެރަ ހާލެއްގައި ރާއްޖެ ޖެހެން އެދިއެދި ތިބި ސިޔާސީ ރަންޑީން ހީކުރި ގޮތެއް ރާއްޖޭގެ މަލިއްޔާއަކަށް ނުވިއެވެ. 2022 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް ހުސްވެ ކާބޯތަކެތި ގަންނާނެ ފަދަވެސް ނޯންނާނެ ކަމަށް ބުނި މީހުން މިއަދު ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ. ކޮންމެ މީހަކީ މާ މޮޅު އެކޮނޮމިސްޓަކަށް ވެގެން ނަގޫ ނަގާ ދުވާއިރު ހީވަނީ މިވަރެއް ނެތް ހެންނެވެ.

ދައުލަތުގެ ރިޒާވް ބޮޑުތަނުން ބޮޑުވެ ރޫފަޖެހެމުން އަންނަކަން އެމްއެމްއޭގެ މާލީ ހިސާބުތަކުން އެހެރީ ފެންނާށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަންދާޒާ ކުރި ވަރަށް ވުރެ ކުރިއަރައި ބޮޑު ތަނުން ރަނގަޅު ވެއްޖެއެވެ. އިގްތިސާދު ފުޅާވެ ދައުލަތުގެ ރަސްމީ ރިޒާވް އަންނަނީ ހަލުވިކޮށް ރަނގަޅުވެ ކުރިއަރަމުންނެވެ.
2022 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 827 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. ހަމައެކަނި ހުސްވި ޑިސެމްބަރ މަހު އެކަނިވެސް ރަސްމީ ރިޒަރވްއަށް 223 މިލިއަން ޑޮލަރު އިތުރުވެފައިވެއެވެ.

ދައުލަތުގެ އާމްދަނީގެ ގޮތުގައި 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު 134 މިލިއަން ޑޮލަރު މީރާއަށް ލިބިފައިވެއެވެ. އެ މިންވަރަކީ ހުސްވި ނޮވެމްބަރ މަހަށްވުރެ 71 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް އެންމެ މަތީގައި ހިފެހެއްޓިފައި ވަނީ ފާއިތުވެ ދިޔަ 4 އަހަރުގެ ތެރޭގައެވެ. މި ގޮތުން 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2022 ޑިސެންބަރު މަހުގެ ނިޔަލަށް އެވްރެޖް ގޮތެއްގައި ރަސްމީ ރިޒާވްގައި 817 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ ކުރީ ރައީސް ޔާމިންގެ ވެރިކަމުގައި އެވްރެޖް ރިޒާވް ހުރި މިންވަރާ އަޅާބަލާއިރު 39 އިންސައްތަ އިތުރުވުމެކެވެ.

ރާއްޖޭގެ ރިޒާވް ފުރަތަމަ ފަހަރަށް 1 ބިލިއަން ޑޮލަރަށް އެރީ 2021 ސެޕްޓެންބަރު މަހުއެވެ. މި ސަރުކާރުގައި ރިޒާވް އެންމެ ދަށަށް ދިޔައިރު ވެސް ރިޒާވްގައި 499.63 މިލިއަން ޑޮލަރު ހުއްޓެވެ. އެހެނެއް ކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި ރިޒާވް 343.5 މިލިއަން ޑޮލަރަށް ވެއްޓިފައި ވެއެވެ.

ދައުލަތުގެ ޔޫޒަބަލް ރިޒާވް (ބޭނުން ކުރެވޭ ރިޒާވް) އެންމެ މައްޗަށް ގޮސްފައި ވަނީ ވެސް މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައެވެ. 2021 ޑިސެންބަރު މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 419 މިލިއަން ޑޮލަރެވެ. މި މިންވަރަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ މައްޗަށް ޔޫޒަބަލް ރިޒާވް ޖެހުނު އިރު ހުރި ވަރާ އަޅާބަލާއިރު %33 (104 މިލިއަން ޑޮލަރު) ގެ އިތުރުވުމެކެވެ.

ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ދަށަށް ވެއްޓިފައި ވަނީ ވެސް ރައީސް ޔާމީނުގެ ދައުރުގައެވެ. މޭ 2017 ގައި ޔޫޒަބަލް ރިޒާވް 52 މިލިއަން ޑޮލަރަށް ވެއްޓިގެން ގޮސްފައިވެއެވެ. އެއް މަސްދުވަހުގެ ތެލާއި ކާޑުގެ ބާވަތްތައް އެތެރެ ކުރަން ބޭނުންވާ ބޭރު ފައިސާގެ އަދަދަށް ވުރެވެސް އެ އަދަދަކީ ކުޑަ މިންވަރެކެވެ.

2023 އަހަރަށް ބަޖެޓް ފާސްކުރަން ހުށަހެޅިއިރު 2022 ވަނަ އަހަރު ނިމޭއިރު ރިޒާވް ހުންނާނެކަމަށް ލަފާކޮށްފައި އޮތީ 638 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް 2022 ވަން އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 827 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. 

ރާއްޖޭގެ މަރުކަޒީ ބެންކުން މި ހުރިހާ ހަގީގަތެއް ފެންނަން އޮތްއިރު ޔާމީނާ ނަޝީދާ ސައީދާ ޖަމީލުމެން ރިޒާވޭ ކިޔައިގެން އަނގަ ދިޔާކުރީ ކުޑަވެސް އިހުލާސްތެރި ކަމެއް ނެތި ވެރިކަމުގެ ދަހިވެތި ކަމުގައު ރައްޔިތުން ބިރުގަންނަވަން ކަން މިހުރީ ސާބިތުވާށެވެ. 

]]>
Tue, 10 Jan 2023 18:15:40 +0500 ހީރަސް
އައްޑޫ ރައީސާއެކު ތިބުމަށްވުރެ މޮޅުގޮތެއް މިހާރަކުނެތް https://heerasnews.com/832 https://heerasnews.com/832 އެއްވެސް ސަރުކާރަކުން އެއްވެސް ކަމެއް އައްޑުއަށް ކޮށްނުދޭ ކަމަކަށް ބުނާކަށް ނެތީމެވެ. އައްޑޫގެ އާބާދީއާއި ކަންކަން ކުރެވެން ހުރި ފަސޭހަ ކަމަށް ބަލާއިރު މިހާތަނަށް ސަރުކާރު ތަކުން އައްޑޫ ވަނީ ވަރަށް ބޮޑަށް އިހުމާލު ކޮށްލާފައެވެ. އިގްތިސާދީ ފުރުސަތުތަކާއި އަސާސީ އެތައް ކަމެއް ކުރެވެން ހުރެ އޮތީ ނުކޮށް ދޫކޮށްލާފައެވެ.

ރައީސް ސާލިހުގެ ވެރިކަމާއި ހަމައަށް އައިރުވެސް ވެރިރަށް މާލެފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އައްޑޫ ސިޓީގައި އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަ ކޮށްދެވިފައެއް ނެތެވެ. ރައީސް ސާލިހަށް ވެސް ޖެހިވަޑައިގަތީ އައްޑޫ ސިޓީގައި އެންމެ ފުރަތަމަ އަސާސީ ކަންކަން ފުރިހަމަ ކޮށްދެއްވަން އުޅުއްވާށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އައްޑޫގެ ކުރިއެރުމަށް ހިފާފައިވާ އަމާޒު ޔާމީނު ސަރުކާރުން އަގަޑަ ބަގަޑަކޮށް އޮޅުން ބޮޅުން ކޮށްލީ އައްޑޫ ސިޓީގެ ރައްޔިތުންގެ ތަސައްވުރަށް ބެލުމެއް ނެތިއެވެ. ކުރިކަމެއް ކުރީ މުޅި ސިޓީގެ ރައްޔިތުންގެ ފަސޭހައާއި ލާބައަށް ވުރެ ބޮޑަށް ވަކިވަކި ނުފޫޒު ގަދަ މީހުންގެ ބޭނުމާ އެއްގޮތަށެވެ. ތަސައްވަރެއް ޕްލޭނެއް ނެތިއެވެ. އަމާކީތީ ފަރަށް ދާގޮތަށެވެ.

ހަލާކޮށްލާފައިވާ މަރަދޫ ބޮޑުމަގު

ރަނގަޅު ފެންވަރެއްގައި އަލަށް މަގެއް ހެދުމުގެ ބަދަލުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ހެދި ބޮޑު މަގުވެސް ޔާމީނު ކޮށްލީ ހަލާކެވެ. ނަރުދަމައާއި ފެން އެޅުމަށް ހޮޅިވަޅުލުމުގެ ނަމުގައެވެ. ބޮޑު މަގު ހަލާކޮށްނުލާ ހޮޅިވަޅުލާނެ ގޮތެއް ޔާމީނު ސަރުކާރަކަށް ނުފެނުނެވެ. ވަނީ އެހެންތާއެވެ. މަގު ހެދި އިރު ނަރުދަމައާއި ފެން އެޅުމަށް މަގުހެދި ސަރުކާރުން ކޮށްފައި އޮތް ޕްލޭނަކަށް ބެލުމެއްނެތި އެކަން ކުރުމުން ޔާމީނުގެ ވެރިކަން ނިމުނު އިރުވެސް ބޮޑުމަގު އޮތީ ހަލާކުކޮށްލި ގޮތަށް ނުހެދިއެވެ.

ރައީސް ސާލިހަށް ޖެހިވަޑައިގަތީ ބޮޑުމަގު ވެސް އަލުން ހަދާށެވެ. ބަނދަރުތައް ވެސް އަލުން ހަދާށެވެ. ކުރިން ނުހަދާ އޮތް އެތައް މަގެއް އަލަށް ހަދާށެވެ. 

މަރަދޫ ބޮޑުމަގު އަލުން ހެދުމުގެ މަސައްކަތުގެ ތެރެއިން

އައްޑޫގެ މުޅި މަންޒަރު ބަދަލުކޮށްލާ ތަރައްގީގެ ނާރެހަކަށް ބިނާކުރި ކޮންވެންސަން ސެންޓަރ އެތަނާ ގުޅިފައި އޮތް އައްޑޫގެ ޓޫރިޒަމް ޕްލޭން ޔާމީނު އެފުށް މިފުށަށް ޖަހާލިއެވެ. ކޮންވެންޝަން ސެންޓަރ އުވާލާ އެތަނަށް ބޮޑެތި ބަދަލުތައް ގެނެސް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ޔާމީނު ފެށިއެވެ. ވެރިކަން ނިމުނުއިރު ހިދުމަތް ދެވޭ ފެންވަރަށް އެއްވެސް ކަމެއް ނުނިމި އޮތުމުން މި ސަރުކާރަށް ޖެހުނީ އެކަން ވެސް ކުރާށެވެ. މިހެން ގޮސް ހަމައެއް ލަމައެއް ޕްލޭނެއް އަމާޒެއްނެތި ހާވާފައި ހުރިހާ ހަޑި ސާފު ކުރަމުން އައްޑޫ ސިޓީއަކީ ރަށްވެހި ތަރައްގީގެ ނަމުނާ ސިޓީއަށް ހެދުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފާފައިގެން ގިނަކަންތައް ތަކެއް ކޮށްފައެވެ. ބަޔަކަށް ނޭނގުނަސް އައްޑޫ ސިޓީގައި ދިރިއުޅޭ މީހުނަށް ކޮން އިރަކު ކުރީ ކީއްކަން ސާފުވާނެއެވެ.

ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމުގެ ވަރުގަދަ ޕްލޭނެއް ރައީސް ސާލިހުގެ އެބައޮތެވެ. ބޭރު ދުނިޔެއާއި ވައިގެ މަގުން އައްޑޫ ގުޅުވާ ލެވޭނީ ހަމައެކަނި ލަންކާ އިންޑިއާ އަކާ ނޫނެވެ. ޔޫރަޕާއި ދުރު އިރުމައްޗާ އައްޑޫ ގުޅިގެން ދާކަށް މަގިނަ ދުވަހެއް ނެތެވެ. އެންމެ މިޒަމަނުގެ ވައިގެ ބަނދަރަކަށް ގަން އެއަރޕޯޓް ހަދާ އައްޑުއަށް 8000 ޓޫރިސްޓް ބެޑް އިތުރު ވެގެން ދާތަން ލަހެއް ނުވެ ފެންނާނެއެވެ. މުޅި ދެކުނު ސަރަހައްދުގެ މައި ޕޯޓަކަށް ހިތަދޫ ޕޯޓު ތަރައްގީ ކުރެވިގެންދާތަން ދާދި އަވަހަށް އައްޑޫ ރައްޔިތުންނަށް ފެންނާނެއެވެ. އެކަންކަން އެހެރަ ދަނީ ބާރަށް ކުރިއަށެވެ. 

ބޯހިޔާވަހިކަމުގައި ދެވަނައެއް ނެތް، ދަތުރުފަތުރުން ގުޅި ލާމެހެފައިވާ، ފުރުސަތުތައް ފަހި ކާރޫބާރޫ ބޮޑު އިގްތިސާދީ ހަބަކަށް އައްޑޫ ސިޓީ ހައްދަވާ ދެއްވަނީ ރައީސް ސާލިހެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އައްޑޫ ރައްޔިތުން ރައީސް ސާލިހާއެކު ތިބުން ލާޒިމްކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވަނީ އެހެން ވެގެނެވެ. އައްޑޫ ސިޓީ ބާކީކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މުޅި އައްޑޫ ބަދަލުކޮށްލުމަށް އެތައް ބިލިއަން ރުފިޔާއެއް ހަރަދު ކުރަމުން ދާކަން ނިހާދު ފާހަގަ ކުރައްވަނީ ހަގީގަތަށް ބުރަވެ ހުންނަވައެވެ. ނިހާދު ވިދާޅުވާހެން އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ އައްޑުއަށް ލިބުނު ނިއުމަތެކެވެ. ހަމަތެދެކެވެ. އައްޑޫއަށްޓަކައި ރައީސް ސާލިހާ އެކު މުޅި އައްޑޫ ތިބުމަށް ވުރެ ވަކީން މޮޅު ގޮތެއް މިހާރަކު ނެތެވެ.

]]>
Mon, 26 Dec 2022 12:59:24 +0500 ހީރަސް
އެސްޓީއޯ އަށުވަންނަ: އެސްޓީއޯ އަކީ ރާއްޖޭގެ ހިތް https://heerasnews.com/817 https://heerasnews.com/817 އެސްޓީއޯ އަކީ ދިވެހި ރައްޔިތުންގެ ފުޑް ސެކިއުރިޓީގެ ޒިންމާ އުފުލާ ކުންފުންޏެވެ. ދިވެހި ރައްޔިތުން ތެލަށް ނުޖެހޭނެހެން ބޭނުންވާ ތެޔޮ ގެނެސް ފައްލަވަކޮށް ފޯރުކޮށްް ދެނީ އެސްޓީއޯއިންނެވެ. ބޭރުން އެތެރެ ކުރާ ކާޑާއި ތެލަށް ބަރޯސާވެފައިވާ ދިވެހި ރާއްޖެ ބަޑަށް ޖެހުނަ ނުދީ ނަގަހައްޓާ ދެމެހެއްޓުމުގައި އެސްޓީއޯއަކީ ދިވެހިރާއްޖޭގެ ހިތެވެ. 

އެސްޓީއޯ އުފެދުނީއްސުރެ ދިވެހިން ކާޑު ނުލިބިގެން ހައިހޫނުކަން ތަހައްމަލު ކުރާކަށް ނުޖެހެއެވެ. ތެޔޮ ހުސްވެގެން ދަތުރު ފަތުރު ހުއްޓާލާ ކަނު އަނދިރީގައި ތިބޭކަށް ނުޖެހެވެ. ކާޑާ ތެލުގެ އިތުރަށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ މުދަލެއް އެސްޓީއޯއިން ޔަގީން ކަމާއެކު ރައްޔިތުންނަށް ފޯރުކޮށް ދޭތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އިތުބަރާ ޔަގީން ކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި 58 އަހަރު އެސްޓީއޯއަށް ވީއެވެ. މި އަދަކީ އެސްޓީއޯއަށް 58 އަހަރު ފުރުނު ދުވަހެވެ. ދުވަހުގެ ހެޔޮ އެދުންތައް އެސްޓީއޯގެ އެހާރާއި މިހާރުގެ ހުރިހާ ހުރިހާ މުއައްޒަފުންނަށް ފޮނުވަމެވެ. ހާއްސަކޮށް އެސްޓީއޯގެ މިހާރުގެ ހީވާގި ހިންގުންތެރި އެމްޑީ ހުސައިން އަމްރު ރަޝާދަށް ސާބަހާ އައްސަރިބަސް ރައްދު ކުރަމެވެ.

އެސްޓީއޯއަކީ ދިވެހި ދައުލަތުގެ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. ޒިންމާދާރު އެސްޓީއޯ ގައުމުގައި އަދާ ކުރަމުންދާ ދައުރަށް މިއަދު މަތިމަތިން ނަމަވެސް ބަލާލުމަކީ ލިބޭ އުފަލެކެވެ. ދައުލަތުގެ ކުންފުންޏެއްގެ އުމުރުން 58 އަހަރު ފުރުމަކީ ކުޑަކަމެއް ނޫން ވީމައެވެ. ދުވަހެއް ދުވަހަކަށް ބޮޑުވަމުން ކުރިއަރަމުން ބަނގުރޫޓްު ނުވެ ދެމި އޮތީމައެވެ. 

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު ބޮޑުވެ ތެޔޮ ލިބުން ދަތިވެގެން ދިޔަ އެއްވެސް ދަނޑިވަޅެއްގައި ރާއްޖެ ތެލަށް ޖެހިގެން ކަނު އަނދިރީގައި ރައްޔިތުން ތިބޭކަށް އެސްޓީއޯ އުފެދުނީއްސުރެ ނުޖެހެއެވެ.

ތެޔޮ ނުލިބިގެން އޮޑި ދޯނި ފަހަރުގެ ދަތުރު ފަތުރު ހުއްޓާލާކަށް ނުޖެހެއެވެ. ކުރިމަތިވާ ގޮންޖެހުން ތަކާއެކު ވެސް ރައްޔިތުންގެ އަތް ފޯރާފަށުގައި ތެލުގެ އަގު ހިފަހައްޓައިގެން ތެޔޮ ފޯރުކޮށް ދިނުމުގައި އެސްޓީއޯ ފޭލް ވެފައެއް ނެތެވެ.

އެސްޓީއޯގެ ތާރީހުގައި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކޮށް ދިނުމުގައި އެސްޓީއޯއިން ހިނދު ކޮޅަކަށް ވެސް ފަރުވާ ކުޑައެއް ނުކުރެއެވެ. ކާޑުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮ އަގުގައި ރައްޔިތު މީހާ ހުރި ހިސާބަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ރައްޔިތުން ބަނޑުހައި ހޫނު ކަމުގައި ތިބެން ނުޖެހޭނެ ކަމުގެ ކަށަވަރުކަން އެސްޓީއޯއިން ރައްޔިތުންނަށް ލިބިދީފައި ވެއެވެ.

ކާޑުގެ ބާވަތްތައް ނޫން ނަމަވެސް އާއްމުކޮށް ކެއުންބުއިމަށް ބޭނުން ކުރާ ފިޔާ، އަލުވި، ބިސް ފަދަ މުހިންމު ބާވަތް ތަކުގެ ބާޒާރު އޮންނަ ގޮތް ދުވަހުން ދުވަހަށް ބަލާ ރައްޔިތުންނަށް ލުއިފަސޭހަކޮށް ލިބޭނެ ގޮތް އެސްޓީއޯއިން ހަދާދެއެވެ.

ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލާއި އެއްވަރަށް ރައްޔިތުންނަށް ބޭނުންވާ ބާވަތް ތަކަށް ނުޖެހި އެ ތަކެތި ރާއްޖެއިން ލިބެން ހުންނާނެ ފަހި މަގު އެސްޓީއޯއިން އޮތީ ފަހިކޮށްފައެވެ. އިމާރާތް ކުރުމަށް ބޭނުންވާ ދަގަނޑާއި ހިލަޔާއި ހިލަވެއްޔާއި ސިމެންތިއާއި ލަކުޑިއަށް ދާންދެން ލިބޭނެ އިންތިޒާމް އޮތީ ހަމަޖައްސާފައެވެ. ގެވެހި ސާމަނާއި ހާޑްވެއަރއާއި އިލެކްޓްރިކާއި އިލެކްޓްރޯނިކްސް އިން ފެށިގެން އެންމެނަށް އެސްޓީއޯގައި ޗޮއިސް އެބައޮތެވެ.

އެސްޓީއޯއިން ވިޔާފާރި ފުޅާކޮށް ހުރިހާ ބާވަތެއްގެ ވިޔާފާރި ކުރުމަކީ އެއްވެސް ބާވަތެއްގެ އަގު ބާޒާރުގައި އުފުލިގެން ދިޔަ ނުދިނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބާޒާރުގެ އަގު އަތްފޯރާފަށުގައި ބޭއްވުމަށް އާއްމު މުދާ ވިއްކުމުގެ ބާޒާރުގައި ލީޑް ކުރުމަކީ ބޮޑު ފައިދާ ހޯދުމަށް ވުރެ ބަޒާރުގެ އަގު ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓުމަށް ކޮންމެހެން ލާޒިމުކަމެކެވެ. 

]]>
Tue, 20 Dec 2022 14:36:56 +0500 ހީރަސް
ވެރިކަމުން ބޭލީމާ ނިކުމެ މަސްވެރިންގެ ވާހަކަ ނުދައްކާ https://heerasnews.com/787 https://heerasnews.com/787 ވެރިކަމުގެ ދަހިވެތިކަމުގައި ދިހަ ބާރަ ސިޔާސީ ޕާޓީ ހަދައިގެން އެތައް ބަޔަކު މަރުފަލި އެބަޖަހައެވެ. ސިޔާސީ ހަސް ނެތަސް ކޮންމެ ބަޔެއްގެ ވެސް ނިކަން ބޮޑު އަނގައެއް އޮވެއެވެ. ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރަމުންވެސް ވެރިކަމުގެ މަސްތުގާ ސަރުކާރަށް ފާޑެއް ނުކިޔައެއް ނުވާނެތާއެވެ. އެއްކޮޅުން ކަންކަން ނުވާތީ ތަޅާ އަގައިން ހީވާނީ ތަލިވެއްޓި ދާނެހެނެވެ. ރައްޔިތުން އެދޭކަމެއް އެދޭގޮތަކަށް ސަރުކާރުން ކޮށްދިނަސް ދަތްވިކާ އޮތިއްޔާ ހެދެން އޮތް ފިތުނައެއް ހަދައެވެ.

ރާއްޖޭގެ މަސްވެރިންގެ ހިތުގާ ނަފުރަތު އުފައްދަންވެސް އިދޮޅުން ނެގި ނެގިފައި އެބަޖެހެއެވެ. ވެރިކަމުގައި 5 އަހަރު ހޭދަވުމުން ބޭރުކޮށްލި މީހުން މިއަދު ނިކުމެ މަސްވެރިންނޭ ކިޔައިގެން ކޯތަޅުވަން ލަދެއް ހަޔާތެއް ނެތެވެ. މަސްގަންނަ މައި ފެކްޓަރީ އޮތީ މައުމޫނު ވެރިކަމުގައި ކުރިކަމެއް ކުރި ގޮތަށެވެ. އާބަތުރަ ފިލުވުމެއް އައުވަސީލަތް ގާއިމުކޮށް ދިނުމެއް ނެތިއެވެ. ކެޕޭސިޓީ އިތުރު ކުރަން ކުރިކަމެއް ނެތެވެ. މަސްވެރިން ބާނާމަސް ފިނިކުރަން އައިސް ލިބޭނެ އިންތިޒާމެއް ނެތެވެ.

ރަށްރަށުގައި ހުއްޓިފައި ހުރި އައިސް ޕްލާންޓްތައް ހުރީ ވީރާނާވާން ދޫކޮށް ލެވިފައެވެ. ކޫއްޑޫގެ ހާލަތުވެސް އޮތީ ދޮޅިފުރާ ނޭވާލާން ތައްޔާރަށް އޮތް ބަލި މީހެއް ފަދައިންނެވެ. މައުމޫނަށް ފަހު ކުރީ ސަރުކާރުތަކުން ކުރިކަމެއް ކުރަންއުޅުނު ކަމެއް ހަރާމެވެ.

މި ސަރުކާރު ވެރިކަމަށް އައިތަނާ ކޮވިޑްގެ ވަބާގައި ގައުމުތައް ބަންދުވެއްޖެއެވެ. މަހެއް ބާނަން ބަޔަކަށް ފުރަ ނޫޅެވޭ ވަރަށް ބަލި މަޑުކަން ފެތުރި ގައުމު އޮތީ މަރުތަޅު އެޅިފައެވެ. ފުރަބަންދުން ވީއްލިފައި މަދު ރަށެއް އޮތަސް މުޅި ގައުމާ ދުނިޔެ އޮތީ ހުއްޓިފައެވެ. މަހެއް ބެނިޔަސް ބޭރުކުރެވޭނެ އެއްވެސް ގައުމެއް ދުނިޔެއަކު ނެތެވެ. ކޮވިޑާ ހުރެ ގައުމުތައް އޮތީ މަރުތަޅު އަޅުވާފައެވެ. ބޭރުން އެތެރެއެއް ނުވެވެއެވެ. އެތެރޭން ބޭރެއް ނުވެވެއެވެ. އެގޮތުގައި ދެއަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެގެން ދިޔަކަން ނޭގޭ މީހަކު ނޫޅޭނެއެވެ.

ގައުމުގައި ކައިބޯ އުޅުނީ މާލިއްޔާގައި ޖަމާގައި ހުރި އެއްޗަކުންނެވެ. ފައިސާ ހޯދޭނެ ގޮތެއް އާއްމު މީހާއިން ފެށިގެން ސަރުކާރަށްވެސް ނެތެވެ. ބަލިމަޑުކަމުން އަރައިގަނެވި ރާއްޖެއާއި އެހެން ބައެއް ގައުމުތައް ހުޅުވި ދަތުރު ފަތުރުކޮށްލެވޭވަރު ވީފަހުން މިއުޅެނީ އަހަރެއްހާ ދުވަސް ނުވެއެވެ. އުދަނގުލާ ދަތީގައި ގައުމު ބަނޑަށް ޖެހުނަނުދީ ހިފަހައްޓާލެވުނީ ކިރިޔަ ކިރިޔާއެވެ. ދުރުވިސްނުމާއި ރޭވުން ތެރި ސިޔާސަތެއްގައި ކަންކަން ހަމަ މަގަށް އެޅުވުނީތީއެވެ. ހެޔޮއެދޭ ގައުމުތަކާ ޖަމާއަތްތަކާއެކު ދެމެހެއްޓީ އިތުބާރާއި ގާތްކަމަކީ ރައްޔިތުންގެ ނަސީބެވެ.

އިގުތިސާދު އަޑިއަޅާފައިވާ ޥާހަކައާއި ރިޒަރވް ދައްވެ ދަރަނީގެ ވާހަކަ ސިޔާސީ ބޭނުމުގައި ދައްކާ މީހުންގެ ކުޑަވެސް އިހުލާސްތެރިކަމެއް ނެތެވެ. އާލަމީ ވަބާގެ ސަބަބުން ގައުމަށް ދިމާވި ހިތްދަތި ހާލަތާއި ރަނގަޅު ހާލަތުގައި އޮވެ ކުރިއްސުރެ ގައުމު ދަރަނިވެރި ކުރުވާފައި އޮތް މިންވަރަށް ބެލުމެއްނެތި ފިތުނަ އުފެއްދުމުގައި ރޭނިދި ނުނިދާ ބަޔަކު އެބައުޅޭއެވެ. ދަތި އުނދަގޫ ހާލަތުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ ކުރާނެ ކަމެއްނެތިފައި ތިބި އެތައް ބަޔަކަށް ވަޒީފާތައް ހޯދަދީ ރައްޔިތުންގެ އެތައް ބަޔަކަށް ނަފާވެރި ދިރިއުޅުމެއް ލިބެމުން ދާތަން މި ބާގާ މީހުންނަކަށް ނުފެނެއެވެ.

ދުނިޔެ ހުޅުވަމުން ދިޔަދިޔަހެން އަންނަ ފަތުރުވެރިން އިތުރުވެ ލިބޭ އާމްދަނީ ބޮޑުވެ ހަމަ މަގަށް އެޅެމުން މިހުރެ ދަނީ ފަތު އަޑު ކިޔާފައެވެ. ދަރަނި މެނޭޖުކޮށްގެން ހުއްޓުމަކަށް ނުގޮސް ގައުމު ބިނާކޮށް އިގުތިސާދު ފުޅާކޮށް އާމްދަނީ ގުނަވާކަން އިހުސާސް ކޮށްދިނުމަށް ވުރެ އެ ބަގައަށް މުހިންމީ ފިތުނަ އުފެއްދުމެވެ.

ރާއްޖޭގެ ސާދަ ރަށެއްގައި ހުއްޓި ހަސް ނެތިފައިވާ 14 އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހައިން ލިބޭނެ ގޮތް ހަދާދިންތަނެއް ކަނު މީހުންނަކަށް ނުފެންނާނެއެވެ. ކުރީގެ ސަރުކާރުން މަސްގަނެ މަސްވެރިންނަށް ނުދީ އޮތް އެތަކެއް މިލިޔަން ރުފިޔާދީ ނިންމިކަމެއް ހިއްސުތައް ހަމަނޫން ވީމާ ނޭގެނެއެވެ. ސަރުކާރުން ސްޓޯރޭޖު ބޮޑުކޮށް ގަންނަ މަސް އެތައް ގުނައަކަށް އިތުރުކަމަކަށްވެސް ނުވާނެއެވެ. ނުވެ އޮތް ކަމެއް ހޯދައިގެން ފިތުނަ އުފެއްދުންނޫން ކަމެއް ވެރިކަން ހޯދަން ކުރާކަށް ނޭގޭނެއެވެ.

]]>
Sat, 10 Dec 2022 19:00:19 +0500 ހީރަސް
ބަނގުރޫޓުވީ ރާއްޖެއެއް ނޫން & ބަނގުރޫޓުވީ ޔާމީނާއި ނަޝީދު https://heerasnews.com/761 https://heerasnews.com/761 ބަނގުރޫޓްގެ އަޑު ލައްކަ ގަދައެވެ. ބަނގުރޫޓްގެ އަޑު އެހާ ގަދަވެގެން މިއުޅޭނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ޔަގީނުން ވެސް ކޮންމެސް ބަނގުރޫޓެއް އެބަވެއެވެ. އެކަމަކު ބަނގުރޫޓު ވަނީ ރާއްޖެއެއް ނޫނެވެ. ރާއްޖޭގައި އުޅޭ ދެމީހަކު މާ ގަދަޔަކަށް ބަނގުރޫޓު ވަނީއެވެ. މީހަކު ކުރި ކަމަކާ ނުލައެވެ. އަމިއްލައަށް އުޅެވުނު ގޮތަކުންނެވެ.

ބަޔަކު މީހުން ހޭނުބަހައްޓާ ބަނގުރޫޓްގެ ވާހަކަ މި ދައްކަނީ ހަގީގަތުގައިވެސް ރާއްޖެ ބަނގުރޫޓް ވެގެން ހެއްޔެވެ. ނޫނެކެވެ.

ބަނގުރޫޓް ވެފައި އޮންނަ ގައުމު ތަކުގައި މީހުން އުޅޭ ހާލު ގިނަ ބަޔަކު ދެކޭނެއެވެ. ބަނގުރޫޓް ވުމުން މީހުންގެ ހާލަތު ބަދަލުވެގެންދާ ގޮތްތަކެއް ލޮލަށް ފެންނަން އޮވެއެވެ. ބަނގުރޫޓް ވެފައި އޮންނަ ތަންތާ ބޭނުން ވިޔަސް ބޭނުންވާހާ ކަމެއް މީހުނަށް ކޮށެއް ނޫޅެވެއެވެ. ކުރެވޭކަށް ނުވެސް އޮވެއެވެ.

ގައުމެއް ބަނގުރޫޓު ވުމުން އެގައުމެއްގައި ބޮޑު އަގު ދީގެން ގަންނަން ވެސް ކާބޯތަކެތި ލިބޭކަށް ނުހުރެއެވެ. ތެލާ ކާޑާ ކިއުގައި ތިބެ ކޫޕަނަށް ވެސް ލިބެނީ އެތައް ހާލަކުންނެވެ. އެވެސް ކުޑަކުޑަ މިންވަރެކެވެ. ދިރިއުޅުމުގެ ޒުރޫރީ ގިނަ ކަންކަން ކުރެވޭކަށް ނޯވެއެވެ. އާމްދަނީ ހޯދަން ކުރާނެ މަސައްކަތެއް ވަޒީފާއެއް ނޯވެއެވެ. ވަޒީފާ އެއް އޮތަސް މުސާރައެއް ނުލިބެއެވެ. އުނު އަންނައުނެއް ކަރަންޓެއް ފެނެއް ނުލިބެއެވެ. ދަތުރު ފަތުރެއް ނުކުރެވެއެވެ. ދުވާލު ހަތަރު ދަމުން އެއް އިރުވެސް ކާއެއްޗެއް ލިބޭނީ މަދު މީހަކަށެވެ.

ރާއްޖެ ބަނގުރޫޓް ވެގެންދާ ވާހަކަ ދައްކާ މީހުންގެ ލޮލުހާލާ މެދު ހަމްދަރުދީ ވެވެއެވެ. ސިނކުނޑިއަށް ހަލަލެއް އައިސް ފެންނަތަން ނުފެންނަ އިވޭއަޑު ނީވޭ ވާހަކަ ދެއްކޭ މަންމަނުންނާ މެދު ހިތާމަ ކުރަމެވެ. ތިޔަ ކިޔާ ބަނގުރޫޓެއް ރާއްޖެ ނުވެއެވެ. އިރާދަ ކުރެއްވިއްޔާ ނުވެސް ވާނެއެވެ.

ރާއްޖެ ބަނގުރޫޓްވީ ވާހަކަ ދައްކާއިރު މުޅި މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ހުޅުވާފައި ހުރިހާ ކެފޭ ހޮޓާ ރެސްޓޯރެންޓް ތަކުގައި 24 ގަޑިއިރު ކައިބޮއެ އަތް އަނބުރާލާފައި ދުއިސައްތަ ތިންސަތޭކައިން ބިލް ކަނޑާލަ ކަނޑާލާ މީހުނަށް ތިބެވެނީ ކީއްވެ ހެއްޔެވެ. ދުނިޔޭގެ ބަޒާރަށް ނެރޭ އެންމެ ޒަމާނީ ތިން ހަތަރު ފޯނު ހިފައިގެން ހިތުހުރި ވަރަކަށް ޑާޓާ އަޅައިގެން ގިނަބަޔަކަށް އެ އުޅެވެނީ ކީއްވެ ހެއްޔެވެ. ސްޕަރމާޓްތަކާއި ކަންމަތީ ފިހާރަތަކުން ހިތުހުރި އެއްޗެއް ގަނެލަން ލިބެން އެހުންނަނީ ކީއްވެ ހެއްޔެވެ. ހުއްޓުމެއް ނެތި ކޮޅުކޮޅަށް ސައިކަލުތަކާ ކާރުތަކުގައި ދަތުރު ކޮށްލަ ކޮށްލާ އެ އުޅެވެނީ ކީއްވެ ހެއްޔެވެ. 

މާލެ ސަރަހައްދުގައި ދިހަބާރަ ހާހަށް އެޕާޓްމަންޓެއް ކުއްޔަށް ހިފަން ނުލިބިގެން މީހުންގަނޑު ތެޅެފޮޅެނީ ކީއްވެ ހެއްޔެވެ. ކިތަންމެ އަގުބޮޑަސް ފުލައިޓްތަކުން ޖާގަ ނުލިބިގެން އެތައް ބަޔަކު ތެޅި މަރުވަނީ ކީއްވެގެން ހެއްޔެވެ. ޝޯތަކާއި މުބާރާތް ތަކާއި ސްޓާފް ނައިޓްތައް ބާއްވާ މަޖަލާ ސަކަރާތުގައި އެންމެން އަވަދި ނެތި އެއުޅެވެނީ ކީއްވެ ހެއްޔެވެ. ފަތުއަޑު ކިޔާފާއި އިމާރާތް ކުރުމާ މަސްވެރިކަމުގައި ހޭބޯނާރާ މީހުން އުޅެމުން ދަނީ ކީއްވެހެއްޔެވެ.

އެތައް ހާސް ބަންގާޅު މީހުންނާއި އެނޫން ވެސް ގައުމުތަކުގެ މީހުން އަތުފަތު ނުޖެހި ލައްކަ ލައްކައިން ޑޮލަރު ހޯދައިގެން ބޭރު އެކުރެވެނީ ނެތް ފައިސާ ކޮންތާކުން ހޯދައިގެން ހެއްޔެވެ. މަސާޖު ޕަލާތަކާއި ފިޓްނަސް ސެންޓަރ ތައް ނުހުއްޓި ހިނގަހިނގާ އެހުރީ ކީއްވެހެއްޔެވެ. ޖަވާބު ދީބަލާށެވެ. އެހުރިހާ ހަރަކާތް ކެނޑިނޭޅި ހިނގަމުން ދަނީ އިގްތިސާދުގައި ވަރު ހުރީމައެވެ. ބަނގުރޫޓްވެފައި އޮތްނަމަ ކިތަންމެ ބޭނުން ވިޔަސް އެއްކަމެއް އެއްތާކުވެސް އެ ގޮތަކަށް ނުހިނގާނެއެވެ.

ލޯނަކީ އިގްތިސާދު ދުޅަހެޔޮ ކުރުމަށް ނަގަން ޖެހޭ އެއްޗެކެވެ. ލޯނު އަދާކުރަން ލޯނު ނަގަން ޖެހޭ ހާލަތުވެސް އަންނާނެއެވެ. ރޭވުންތެރި ކަމާއެކު ރަގަޅަށް މެނޭޖު ކުރެވެންޏާ ލޯނު ނެގުން މައްސަލައަކަށް ވާނަމަ އެއްބަޔަކުވެސް ލޯނެއް ނުނަގާނެއެވެ. އާމްދަނި ނުލިބި ދެއަހަރެއްހާ ދުވަހު ހަރަދު ކުރަން ޖެހުނީމާ ޖަމާގައި ހުންނަ އެއްޗަކަށް ލޮޅުން އަރާނެއެވެ.

އެހެނެކޭ ކިޔާ ކުރަންޖެހޭ ހަރަދު ނުކޮށް ތިބީ ކޮންބައެއް ކޮންތާކު ހެއްޔެވެ. ވެވެން އޮތް ގޮތަކަށް ލޯނާއެހީ ހޯދައިގެން ކުރަންޖެހޭ ކަންކަން ކުރަމުން އާމްދަނީ ހޯދަމުން ލޯނު ދައްކަމުން ދާނަމަ ވާނީ ކޮން ބަނގުރޫޓެއް ހެއްޔެވެ.

ސިޔާސީ ގޮތުން ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ބަޔަކު ދައްކާފަ ނުދައްކާނެ ވާހަކައެއް ނުއޮންނާނެއެވެ. ސިޔާސީ ގޮތުން ބަޔަކު ބަނގުރޫޓުވެ ވެރިކަމާ ފޭވި ވަރަކަށް ރައްޔިތުންގެ ކަންބޮޑުވުން އިތުރު ކުރަން ބަނގުރޫޓް ލަވަ ނޫނީ މިހާރަކު ކިޔޭނެ އެހެން އެއްޗެއް ނެތުމުން ބަރުބާރަށް ބަނގުރޫޓޭ ބަނގުރޫޓޭ ގޮވޭނެއެވެ. ބަނގުރޫޓް ވިއްޔާ ވެގެން އުޅެނީ ޔާމީނާއި ނަޝީދެވެ. ރާއްޖެއެއް ނޫނެވެ.

]]>
Fri, 02 Dec 2022 20:02:43 +0500 ހީރަސް
އަބުރު ކަތިލައިގެން އަންނި ބޭނުންހާކަމެއް ނުވާނެ https://heerasnews.com/737 https://heerasnews.com/737 އަންނިގެ ޖިސްމެއް ނުވާ ހިޔާލީ ހަށި ހަސަނު ކުރުސީއެވެ. މީހުންގެ ދުލުގައި ހިފާ ދަމަން ނޫޅޭށެވެ. އެމްޑީޕީ ފެށިގެން އައި އިރު ބިރުކަނޑާލާފައި އިސްކޮށް ހަރަކާތްތެރިވި އެންމެންހެން ކުރުސީއަކަށްޓަކާ ކަތިލީ އަންނި ނޫން ދެވަނަ މީހެއް ނޫނެވެ. މަރަދޫ ދައިރާގެ މެންބަރ އިބްރަހީމް ޝަރީފަކީ އެގޮތަށް ކަތިލެވުނު ކަން ބަޅިއަކަށް ހަދާލީ ވަރަށް ބޮޑަށް ރޭވިގެންނެވެ. ޕާޓީ އަންނިގެ މުށުތެރެއަށް ގެންދިޔުމަށް ޕާޓީގެ ތެރޭގައި ބަސްވިކޭ އަޑުގަދަ އެންމެން ބޭރުކުރުމުގެ ހީލަތްތެރި ރޭވުމުގެ ތެރެއިންނެވެ.

އައްޑޫ ޝަރީފަކީ މެންބަރުންގެ މެދުގައި މަގުބޫލު ދޫފަސޭހަ ބޭފުޅެކެވެ. ޝަރީފްގެ ތަގުރީރަކާ ނުލާ ހަރުގެ ޖަލްސާއެއް ކަންމަތީ ބައްދަލުވުމެއް ނުބޭއްވެއެވެ. ރަށް ރަށަށް އެމްޑީޕީ ތައާރަފް ކުރަން ކުރިއެއްވެސް ދަތުރެއް މަވޯޓާ ނެތި ނުކުރެއެވެ. އިންތިހާ ދަރަޖައަށް ޕާޓީގެ ތެރޭގައި ޝަރީފްގެ މަގުބޫލު ކަން ބޮޑުވެ އަންނިއަށް ހުރި ނުރައްކަލަކަށް މަވޯޓާ ވާހެންހީވެ ޝަރީފްގެ ދުވަސް ދުއްވާލާނެ ދަނޑިވަޅަކަށް އަންނި ހުރީ ބަލަބަލައެވެ.

ބޭނުންވި ދަނޑިވަޅު ލިބުނީ ގާނޫނު އަސާސީ ތަސްދީގު ނުކޮށް ދިގުލާކަމަށް ބުނެ ރައީސް މައުމޫނާ ދެކޮޅަށް މުޒަހަރާ ކުރަން ރަށްރަށުން މީހުން ގެންނަން މަސައްކަތް ފެށި ހިސާބުންނެވެ. ގާނޫނު އަސާސީ ތަސްދީގު ކުރުމަށްވުރެ ބޮޑަށް ބޭނުންވީ ރަށްރަށުން މީހުންގެނުވައިގެން އެމީހުން ލައްވާ ނޭއްގާނި ހަރަކާތްތައް ހިންގާ ސިފައިންލައްވާ ބަޔަކަށް އަނިޔާކޮށް ގިނަ ބަޔަކު ޖަލަށް ފޮނުވުމެވެ. މުޒާހަރާގެ ތެރެއިން ބަޔަކު މަރާލާ މައުމޫނުގެ އަނިޔާވެރިކަމުގެ ސިފަ ބައިނަލްއަގުވަމީ ދުނިޔެއަށް ދެއްކުމެވެ.

ގާނޫނު އަސާސީ މަގުމަތިން ތަންފީޒު ކުރުވާނަމުގައި ރަށްރަށުން މީހުން ގެނަސް ގިނަބަޔަކު އެ ބަހަނާގައި ގުރުބާން ކުރަން ޕާލަމެންޓްރީ ގްރޫޕަކަށް އެއް ބަހެއް ނުވެވުނެވެ. ކަމާ ޖެހުނީ އެ ހިސާބުންނެވެ. ޕާލަމެންޓްރީ ގްރޫޕް އޮފީހަށް ބަޔަކު ފޮނުވާ ހަމަ ނުޖެހުން ހިންގާ މަވޯޓާ ޝަރީފްގެ އަބުރު ކަތިލާ ނިންމާލީ ހަގީގަތެއް ނެތް ދޮގުތުހުމަތެއް އުފައްދައިގެންނެވެ.

މަވޯޓާ ޝަރީފްގެ އަބުރު ކަތިލާ ޕާޓީން ބޭރުކޮށްގެން ވެސް އަންނި ހާސިލުކުރަން އެ ދުވަހު ބޭނުންވި މަގުސަދެއް ހާސިލެއް ނުކުރެވުނެވެ. އައްޑު އަތޮޅު ފޭދޫން ފުރައިގެން އައި ނަމޫނާ ދޯނި ނޫން ބަޔަކު އެއްވުމަކަށް އަންނާކަށް ނުފުރައެވެ. ނަމޫނާ ދޯނީގައި އައްޑޫން ފުރައިގެން އައީ އޭރު އައްޑޫގާތިބި އަމީން ފައިސަލާއި އައްބާސް އާދިލު ރިޒާއާއި އައިސީ ގެ ރޭވުމަކުން ވިއްސަކަށް މީހުންނެވެ.

ޖިންސީ ގޯނާގެ ތުހުމަތު ޝަރީފް ބޮލުގައި އަޅުވާ ޕާޓީން ބޭރު ކޮށްލީ ކީއްވެކަން ދަންނަ މީހުން އަދި ތިބީ ދިރި ދުނިޔޭގައެވެ. ވާނުވާ އެމީހުނަށް އެނގެއެވެ. އެކަމަކު އަނެއްކާ ވެސް ހަސަނު ކުރުސީގެ ނަމުގައި އަންނި މީސް މީހުންގެ އަބުރު ނަގަލައިގެން ކުރަން ތިޔަ އުޅޭ ކަމެއް ދެނެއް ނުކުރެވޭނެއެވެ.

]]>
Sat, 26 Nov 2022 12:11:00 +0500 ހީރަސް
ބްކިންގތައް ކެންސަލްވެ، ސަރވިސްޗަރޖް ދަށެއްނުވާނެ: ޓީމް https://heerasnews.com/733 https://heerasnews.com/733 ޓީޖީއެސްޓީ ބޮޑުކުރުމަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްތަކުރާ މުވައްޒަފުންގެ ސާވިސް ޗާޖުން 2000ރ. ކުޑަ ނުވާނެ ކަމަށާއި ބުކިން ކެންސަލްވާނެ ކަމަށް ނުފެންނަކަމަށް ޓީމުން ބުނެފިއެވެ. ހަމައެކަނި ޓެކްސް އިތުރުކުރާ ގުޅިގެން އެފަދަ ބަދަލެއް އަންނާނެ ކަމަށް ޓީމުން ގަބޫލެއް ނުކުރެއެވެ. މީގެ ކުރިން ޓެކްސް ބޮޑުކުރުމުން ބުކިންގ ތަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ޓީމުން ބުނެއެވެ.

ޓެކްސް ބޮޑުކުރުމުން ޓުއާރ އޮޕަރޭޓަރުންނާއި ޓޫރިސްޓު އޮޕަރޭޓަރުންގެ ފައިދާއަށް ކޮންމެވެސް ވަރަކަށް އަސަރު ކުރާނެ ކަމަށް ޓީމުން ލަފާކުރެއެވެ. އެހެން ނަމަވެސް ޓެކްސް އިތުރު ކުރުމުން އެކި ސިނާއަތް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ޓީމުން ދެކެއެވެ. ސަރުކާރުގެ އެފަދަ ސިޔާތު ތަކަށް އެ ޖަމިއްޔާއިން މަރުހަބާ ކިޔައެވެ.

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ މުއައްޒަފުންގެ ޖަމިއްޔާއިން ދެކެނީ " ދައުލަތުގެ އާމްދަނީ އިތުރުކޮށް އިގްތިސާދީ ހާލަތު ރަނގަޅުކޮށް މުވައްޒަފުންގެ މުސާރަ އިތުރުކޮށް ރައްޔިތުންގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ވިޔަފާރިތަކުން ޓެކްސް އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެއް" ކަމަށެވެ. އޭގެ އިތުރުން ޓޫރިސްޓުންގެ އަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި ހަމަ އެހެންމެ އާމްދަނީއިން ނެގޭ ޓެކްސް (އިންކަމް ޓެކްސް) ޕްރޮގްރެސިވްކޮށް ކޮންމެހެން އިތުރުކުރުމަކީ މުޅި ގައުމުގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި އަދި މާ މުހިންމު ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ދެކެއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮކުރުމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނި ވެސް ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ގެއްލުންވާނެ ކަމަށް މަޓާޓޯއިން ބުނާ ބުނުމާ ޓީމުން ދެކޮޅު ހަދައެވެ. ސަރުކާރުގެ އެ ނިންމުން ބަދަލުކުރުމަށައި މަޖިލީހުން އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް މަޓާޓޯއިން ގޮވާލާ ގޮވަލުމާ ދެކޮޅު ހަދާ ކަމުގެ ހަގީގަތް އޮތްގޮތް ސާފުކޮށް ދިނުމަށް ޓީމުން ވަނީ ބަޔާނެއް ނެރެފައެވެ.

]]>
Fri, 25 Nov 2022 15:45:27 +0500 ހީރަސް
ބަނގުރޫޓް ލަވަކިޔަނީ ހަޖަމުނުވެގެން: މެންބަރު ނިހާދު https://heerasnews.com/720 https://heerasnews.com/720 އަޑު ހަރުކޮށް ބަޔަކު މީހުން ބަނގުރޫޓް ވާ ލަވަ ކިޔަނީ ކީއްވެކަން ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ނިހާދު (ފޭދޫ މީހާ) ސާފުކޮށް ދެއްވައިފިއެވެ. ނިހާދު ވިދާޅުވާ ގޮތުގައި ރާއްޖެ ބަނގުރޫޓު ވުމުގެ ވާހަކައަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މިހާރު ހިންގާ ބޮޑެތި މަޝްރޫއުތައް ހިނގާތަން ފެނި އެކަން ހަޖަމުނުވެގެން ދައްކާ ވާހަކައެކެވެ. 

ރައީސް ސާލިހު ސަރުކާރުން މުޅިރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތަކުން ރާއްޖެއަށް ގެނެވޭ ހެޔޮ ބަދަލު ބަޔަކަށް ހަޖަމު ނުވެގެން އެ ކަންކަން ހުއްޓުވަން ފަތުރާފިނަވެރި ވާހަކައެއް ކަމަށް އެ ދައްކާ ބަނގުރޫޓް ވުމުގެ ވާހަކަ ނިހާދު ސިފަކުރައްވައެވެ.

ނިހާދު ވިދާޅުވާ ގޮތުގައި މި ސަރުކާރުން މުޅިރާއްޖޭގައި ހިންގާ ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއު ތަކުގެ ތެރޭގައި އައްޑޫގައި ސަރުކާރުން ހިންގާ މަޝްރޫތައް ވެސް ހިމެނޭ ކަމަށް ފޭދޫ ދާއިރާގެ މެންބަރު ވިދާޅުވެއެވެ. 

ބަނގުރޫޓު ވާ ލަވައަކީ ސަރުކާރު ބަލިކޮށް މަޝްރޫއުތައް ހިންގުން ހުއްޓުވުމުގެ ބޭނުމުގައި ކިޔާ ލަވައެއް ކަމަށް ނިހާދު ވިދާޅުވެއެވެ. އެހެނެއް ކަމަކު ބަލިކަށިކޮށް މަޝްރޫއުތައް ހިންގުން ނުހުއްޓުވޭނެ ކަމަށް ނިހާދު ވިދާޅުވެއެވެ. 

]]>
Tue, 22 Nov 2022 15:27:53 +0500 ހީރަސް
ހުސްވި ހަތަރު އަހަރު ގައްސާން އޮތީ ކޯމާގައި! https://heerasnews.com/709 https://heerasnews.com/709

ތިރީސް އަހަރު މުޅި ރާއްޖެއަކީ އަމިއްލަ މިލްކަކަށް ހަދައިގެން އުޅުނު ބައިގަނޑު ނިކުމެ ގެއްލުނު ފުރާވަރު ހޯދަން ދަތްދިލުވާތީ ދަތް ވިކެއެވެ. ދައުލަތުގެ ފައިސާކައިކައި ތިއްބާ އުފެދުނު ދަރިފަންޏަކުން ދަރިމައިވެ ދައުލަތުގެ ތަންމައްޗަށް ވިހާ ދައުލަތް ކައިގެން ބޮޑުވި މަސްގަނޑެއް ދައުލަތުގެ ފައިސާގެ ވާހަކަ ދައްކާތީ ދަތްކޮޅު ފައިބާހާ ވެއެވެ.

ކަށިނުޖެހޭ ގޮމައްޓެއްހެން ބާންދީންނާއި ގަހުރަމާނުން ކިހިލިން އުދުހުނު ހަނދާން އާވެ ލޮލަށް ފިޔާ ދިލަ ވިޔަސް ނާރުވާ ނުހުރެވޭނެތާއެވެ. ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގެ މައްޗަށް ކުޑަކަމު ދިޔަ ދުވަސް ހިތަކުން ނުފިލާނެއެވެ. އެރި އޮވެ ބޮޑުކޯމަހެއްހެން ބަކަތެޅި ޕޫލުމަތިން ހިތެއް ނުކެނޑޭނެއެވެ.

ހާޖަތަށް ދިޔަ ރަންތަށީގެ ވިދުވަރުން ލޮލުގެ ކޮއެ އަނދާ ވަރަށް ވިދުން ގަދަވެ ކަންނާޑިއެއްގެ ފަހަތަށް ލޯލައިގެން އުމުރު ހުސްކުރަން ޖެހުނު ތަށިމައްޗަށް ތިރި ނުވެވޭތީ އަސަރު ފަށެއް ކުރާނެއެވެ.

ކަލޯ ކުޑަ ސޮރާއެވެ. އުފެދި ވިހާ ބޮޑުވީ ވެސް ރައްޔިތުންގެ ފައިސާއިންނެވެ. މިހާރު ތިޔައިން ގޮނޑިއެއް ހޫނުކޮށްގެން ވެސް ތިޔަކައި ނަގަނީ ރައްޔިތުންގެ ފައިސާއެވެ.

އުފަންކުރުވާ ކާންދީ ބަލާ ބޮޑުކޮށް ޝާނާ ޝައުކަތު ހޯދާ ދިން ބަފާމިހާ ދޮޅިއަޅާލި ބޮޑުބޭބެގެ ކަފުގައި ތިޔަ ހުންނަނީ ދައުލަތުގެ ބޮޑު ތިޖޫރިއަށް އަތްދަރާ ލެވެން ދެން ކަން ނޭގެނީ ކާކަށް ހެއްޔެވެ.

ފޭބި ހަތަރު އަހަރުގެ ވާހަކަ ދައްކަން އެންމެ ތާހިރީ ގައްސާނެވެ. ގަމާރު ކަމުން ވާނުވާ ނޭގެނީ ހެއްޔެވެ. ނޫނީ ގަސްދުގައި ފިތުނަ އުފައްދަނީ ހެއްޔެވެ. ފޭބި ހަތަރު އަހަރުން ދެއަހަރު މުޅި ދުނިޔެ އޮތް ހާލު ނޭނގޭ ހާ ގަމާރީވިއްޔާ އިގްތިސާދީ ވާހަކަ ނުދައްކާށެވެ. ރާއްޖޭގެ ބޯޑަރ ހުޅުވުނަސް ދުނިޔޭގެ ތާކުން މީހުން އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރާކަން އެނގޭ ވަރަށް ވުރެ ލޮލުހާލު ދެރައީތާއެވެ. ދުނިޔޭގެ ބޯޑަރުތައް ބަންދުވެ އެއްތަނުން އަނެއްތަނަށް ދަތުރުކޮށް މުދާ އުފުލާ ނުހެދުނުކަން ހަނދާނެއް ނެތް ދޯއެވެ. ބޭނި މަސްކޮޅު ވިއްކަން ބޯޓެއްގައި ގޮސް ވަދެވުނު ބަނދަރެއް އޮތް ހެއްޔެވެ. ކޮވިޑްގެ ވަބާގައި ދުނިޔޭގެ ގައުމުތައް ހުއްޓި ބަނގުރޫޓްވެ އިނދަ ޖެހުނުތައް ނުދެކެން ހެއްޔެވެ.

ޓޫރިޒަމާއި މަސްވެރިކަމަށް ބިނާވެފައި އޮތް މި ރާއްޖެ ބަނޑަށް ނުޖެހި ބޭރު ފައިސާގެ ރަސްމީ ރިޒާވު ހުސްނުވެ 491 މިލިއަން ޑޮލަރަށް ތިރިވެފައި އޮތްކަން ވެސް ނަސީބެވެ. ޓޫރިސްޓަކަށް އެތެރެއެއް ނުވެވެއެވެ. ބާނާ މަހެއް ބޭރެއް ނުކުރެވެއެވެ. ރާއްޖެއިން މަސް ބޭރުކުރާ މިންވަރު ހަތަރު ހާސް ޓަނު މަދުވެފައިވާ ވާހަކަ މިހާރު ދައްކަނީ ލަދު ހަޔާތް ކުޑަކަމުންނެވެ. އެހާލުގައި ގައުމުތައް އޮތް އިރު މަޖިލިސް ބަންދުކޮށް ގޭގައި ތިބެގެންވެސް ބޮޑު މުސާރަ ނަގައިގެން ކޭ އިރު ކައިރި ގެއަކަށް ރޯދަ ވީއްލުމެއްހާ ވަރުވެސް ދިއްކޮށް ނުލާ ތިބެ ހަތަރު އަހަރޭ ރައްޔިތުންނޭ ރިޒާވޭ ކިޔައިގެން ދަތް ދިލުވާކަށް ލަދެއް ހަޔާތެއް ނެތެވެ.

ކައިރީގަ އޮތް ލަންކާ ބަނގުރޫޓްވެ ހަސްނެތިގެން ދިޔަ ގޮތަށް ރާއްޖެ ބަނގުރޫޓޫ ނުވެ ސަލާމަތްވެފައި އޮތީ ވެރިއަކަށް ހުރި މީހެއްގެ ހިކުމަތްތެރިކަމުން ކަން ނޭގުމަކީ ޖާހިލުކަން ނޫން ކޮން ކަމެއް ހެއްޔެވެ. ތަންތާނގައި މިލިޔަނުން ލައްކައިން ހާހުން ސަތޭކައިން މީހުން މަރުވަމުން ދިޔަ ތަނެއް ނުފެނޭ ހެއްޔެވެ. ރާއްޖޭގައި ދިރިއުޅުނު މަދު މީހަކު ނޫނީ މަރުން ސަލާމަތްވެ ބަނޑުފުރާނަ މުއްތިކޮށް ހެލިފެލިވެ އުޅެވޭވަރު ސަރުކާރަކުން ކުރިތަނެއް ނުދެކެން ހެއްޔެވެ. ދުނިޔޭގައި އެންމެ ރަނގަޅަށް އެންމެ އަވަހަށް ކޮވިޑް މެނޭޖުކުރި ގައުމަކަށް ރާއްޖެ ވީއިރު ގައްސާނު އޮތީ ކޯމާގަހެއްޔެވެ.

ގެއްލުނު އަރާމާ ލައްޒަތުގެ މަސްތުގައި މޮޔަ ނުގޮވާ 30 އަހަރު ދައުލަތް މިލްކު ކޮށްގެން އުޅުނީތީ ބަފާމީހާއަށް ކޮންމެ މަހަކު ދޭ ލާރިގަނޑާ ގޮނޑި ހޫނުކޮށްގެން ތިޔަ ހޯދާ ފައިސާ ގަނޑު ބައްކޮށްގެން މަޑުން ތިބެވޭތޯ ބަލާ ބަލާށެވެ.  

]]>
Fri, 18 Nov 2022 23:12:27 +0500 ހީރަސް
ސިޓީ ކައުންސިލަށް ދޭންޖެހޭ ފައިސާއެއް ނޯންނާނެ: ސްޓެލްކޯ އެމްޑީ https://heerasnews.com/701 https://heerasnews.com/701

މާލެ ސިޓީ ކައުންސިލަށް ސްޓެލްކޯއިން ދައްކަންޖެހޭ 68 މިލިއަނަށްވުރެ ގިނަ ފައިސާ އޮތް ކަމަށް ބުނެ ސިޓީ ކައުންސިލުން ހަދަނީ ބޮޑު ދޮގެކެވެ. ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކައިގެން ފައިސާ ނުދައްކާ ތަންތަނުން ކަރަންޓް ކަނޑާލެވޭނެ ކަމުގެ ނޯޓިސް ފޮނުވުމުން މިސްކިތް ތަކުން ކަރަންޓް ކަނޑަން އުޅޭ ކަމަށް ބުނެ ދޮގު ހަބަރު ސިޓީ ކައުންސިލުން ފަތުރަނީ ސިޔާސީ ބޭނުމެއްގައެވެ.

މުންދުއާއި ބޯފަން އަބްދުﷲ ކަހަލަ ސިޔާސީ މީހުން މާލޭ ސިޓީ ކައުންސިލަށް ވައްދައިގެން އެ މީހުނަށް ބޮޑު މުސާރައާއި އިނާޔަތް ދޭނެ ފައިސާ ސިޓީ ކައުންސިލްގައި ބޯކޮށް އޮވެއެވެ. ނެތީ މިސްކިތް ތަކުގެ ކަރަންޓް ބިލަށް ދައްކާނެ ފައިސާއެވެ. ސިޔާސީ ގޭސް ގަނޑަކަށް ހަދައިގެން މިސްކިތް ތަކުން ކަރަންޓް ކަނޑާލަން އުޅޭކަމަށް ފިތުނަވެރި ވާހަކަ ދައްކަން ކެރޭކަމެވެ.

ސްޓެލްކޯއަށް ކަރަންޓް ބިލްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސް ކުރަން ސިޓީ ކައުންސިލުން އެއްބަސްވެ ސޮއިކޮށް މިވީހާތަނަށް އެއްވެސް ފައިސާއެއް ނުދައްކިޔަސް ސިޓީކައުންސިލުން ފައިސާ ހަރަދުކޮށްގެން ހިންގަނީ އިދިކޮޅު ސިޔާސީ ހަރަކާތެވެ. ދީނާ ގައުމައްޓަކާ ހިފި ނުހުރެގެން އުޅޭ އިރު މިސްކިތެއްގެ ކަރަންޓް ބިލް ދައްކާ ނުލައެވެ.

ކަރަންޓް ބިލަށް ފައިސާ ނުދައްކާތީ އެކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނައުމުން ދެން ދައްކަން ފެށީ ސްޓެލްކޯއިން ދައްކަންޖެހޭ ފައިސާ ތަކެއް އޮތް ވާހަކައެވެ. ސްޓެލްކޯއިން މާލެސިޓީ ކައުންސިލަށް ދައްކަން ޖެހޭ ފައިސާއެއް އޮތްނަމަ ނުދައްކާ ނުބާއްވާނެ ކަމުގެ ޔަގީންކަން މާލެ ސިޓީ ކައުންސިލަށް ސްޓެލްކޯއިން އޮތީ ދީފައެވެ. ސްޓެލްކޯއިން ދައްކަންޖެހޭ ކަމަށް ބުނާ 68 މިލިޔަނަށް ވުރެ ގިނަ ފައިސާ ނުދައްކާ އޮތީ ސްޓެލްކޯއިން ދައްކަން ޖެހޭ އެއްޗަކަށް ނުވާތީއެވެ.

އަޖައިބެކެވެ. ސްޓެލްކޯއަކީ މާލެ ސިޓީ ކައުންސިލަށް ވުރެ މާދޮށީ ކުންފުންޏެކެވެ. މާލޭގެ ބިމުން ސްޓެލްކޯއަށް ދައުލަތުން ދޫކޮށްފައި ހުރި ބިން ތަކަކީ މާލޭގެ ކަރަންޓް ހިދުމަތް ގާއިމު ކުރުމަށް ދައުލަތް ޖާމިނު ވެގެން ސްޓެލްކޯއަށް ދޫކޮށްފައި ހުރި ބިންބިމެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލަށް ސްޓެލްކޯ އިން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުއޮންނާނެއެވެ. ސިޓީ ކައުންސިލަށް އެ އުޅެނީ އޮޅިގެންނެވެ.

]]>
Wed, 16 Nov 2022 20:23:35 +0500 ހީރަސް
އާދަމް އާޒިމްގެ މަސައްކަތް އިދިކޮޅަށް ހަޖަމެއްނުވި! https://heerasnews.com/700 https://heerasnews.com/700 އެމްޓީސީސީން ރާއްޖޭގެ ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތައް ކާމިޔާބު ކަމާއެކު ހިންގާ ނިންމާތީ ބަޔަކު ދަތްބާރު ވަނީ މާ ވަރަކަށެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަތަރު އަހަރު ތެރޭގައި އެމްޓީސީސީ މެދުވެރިކޮށް ހިންގާ ނިންމަމުންދާ ތަރައްގީގެ މަޝްރޫއު ތަކަށް ހަސަދަވެރި ވާބަޔަކު ހަސަދަވެރި ވިޔަސް ގިނަ ރައްޔިތުން ތިބީ އުފަލުންނެވެ.

އެމްޓީސީސީ ބަނގުރޫޓުވުމާ ދިމާލަށް ދަތުރުކުރާ ކަމަަށް ބުނެ ރައްޔިތުންގެ މެދުގައި ޝައްކު އުފައްދާ އިތުބާރު ނަގާލުމަށް ކުރާ ބަޔަކު އެ ކުރަނީ ބޭކާރު މަސައްކަތެކެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުގެ މޭސްތިރި ކަމުގެ ދަށުގައި އެމްޓީސީސީ ހޯދަމުންދާ ކާމިޔާބީ ތަކަށް ހަސަދަ ވެރިވާ ބަޔަކު ހަސަދަ ވެރިވާ ސަބަބުތަކެއް އެބަހުއްޓެވެ. އެމްޓީސީސީގެ ފައިދާ ކުޑަވަމުންދާ ވާހަކައާއި ބަގުރޫޓްވުމާ ދިމާލަށް ދަތުރު ކުރާ ކަމަށް ބުނެ ފިތުނަ އުފައްދަނީ އެ ސަބަބުތަކާ ހުރެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށް ރަށެއްގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި މި ސަރުކާރުން ކުރެވިދާނެ ކަމެއް ކަމަށް އެއްވެސް ބަޔަކު ކުރިއަކުން ގަބޫލެއް ނުކުރެއެވެ. ދެކޮޅު ނުޖެހޭ ގެއްލުން ބޮޑުކަމެއް ކަމަށްދެކި މީގެ ކުރީގެ ސަރުކާރު ތަކުން ހުރިހާ ރަށެއްގައި ބަނދަރު ހެދުމަށް އޮތީ ފަސްޖެހި ނުކޮށެވެ.

ލަފާ ފުރަން ފަސޭހަ ވާނޭ ގޮތަށް ބަނދަރުތައް ފުންކޮށް ބޭރުތޮށި ހިލައިންޖަހާ އަތްދޮށުތޮށި މަތީ ފެންވަރުގައި ހުރިހާ ރަށެއްގައި ހެދުމަކީ ކުޅަދާނަ ކަމެއް ކަމަކަށް ކުރިއަކުން ނުދެކެއެވެ. ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިން ހީވެފައި އޮތީ ކުށްހީއެއް ކަން ސާބިތުކޮށްދީ ރަށް ރަށަށް ޖަޒީރާ ވަންތަ ހަގީގީސިފަ ގެނެސް ދިނުމުގައި އެމްޓީސީސީގެ ދައުރު ވަރަށް ބޮޑެވެ.

ރަށް ގިރުމުގެ ނުރައްކާތެރިކަމާ ކުރިމަތިވެފައި އޮތް ރަށް ރަށުގެ ގޮނޑުދޮށްތައް ވެލިން މުއްސަދިކޮށްދީ ކޮންމެ ރަށަކީ ރައްކާތެރި ކަން ލިބިގެންވާ ރަށަކަށް އެ ހަދާދެނީއެވެ. އަޑިގުޑަންވެ ޗަކަހެދި ހިނގާ ބިނގާވެ އުޅެން ދަތި އެތައް ރަށެއްގެ މަގުތަކުގައި ތާރުއަޅާ ރައްޔިތުންނަށް އަމާން ވެއްޓެއް އެދަނީ ހޯދާ ދެމުންނެވެ. މިހިރަ މިހިރަ ކަންކަމަކީ ސިޔާސީ ވާދަވެރިންނަށް ހަޖަމު ވާނެ ކަންކަމެއް ނޫނެވެ.

ދަތުރު ފަތުރުން މުޅިރާއްޖެ ވައިގެ މަގުންނާއި ކަނޑުގެ މަގުން ގުޅާލުމަށް ރައީސް ސާލިހު ހިންގަވަން ފައްޓަވާފައިވާ މެގަ ހަރަކާތުގެ އެންމެ އަމަލީ މަސައްކަތުގެ ބައިވެރިއަކީ އެމްޓީސީސީއެވެ. އެކުއެކުގައި އެތައް އެއަރޕޯޓެއްގެ މަސައްކަތް އެބަ ހިނގައެވެ. ބޮޑެތި ސިޓީ ތަކުގައި އާރޓީއެލް ބަހުގެ ހިދުމަތް ހެޔޮއަގުގައި އަރާމުކޮށް އެބަ ދެއެވެ. މުޅި ރާއްޖެ ކަނޑުމަގުން ގުޅާލުމަށް އާރޓީއެލް ފެރީގެ ހިދުމަތް ދޭންވަނީ ފަށާފައެވެ. އަގު ހެޔޮކޮށް އަރާމުގައި ހަލުވި ދުވެލީގައި ރައްޔިތުންނަށް ދަތުރު ފަތުރުކުރެވޭނެ ގޮތް ވެގެން ދާތަން ބަލަންތިބި ވާދަވެރިން އެތިބީ ތަލިން ކުޅު ހިކިފައެވެ.

ރައްޔިތުންގެ ކުންފުނި މެދުވެރިކަން ރައްޔިތުންނަށް އުފާވެރިކަން ހޯދާ ދިނުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވޭނެ ހުރިހާ ގޮތެއް ވާދަވެރިން ދަނީ ހޯދަމުންނެވެ. ރައްޔިތުންނަށް މާ ހެޔޮ އެދޭކަމަށް ހެދިގެން ދައްކާނެ އެހެން ވާހަކައެއްް ނެތިގެން މި ދައްކަނީ އެމްޓީސިސީ ބަނގުރޫޓުވާނެ ވާހަކައެވެ. ވާނުވާ ރަނގަޅަށް އެނގިތިބެ ގަސްދުގައި ފިތުނަ އުފައްދަނީ ހިތުން ރައްޔިތުން ރުޅިއަރުވާށެވެ.

އާނއެކެވެ. އެމްޓީސީސީއަކީ ވެސް ފައިދާ ހޯދަން މަސައްކަތްކުރާ ރައްޔިތުންގެ ކުންފުންޏެކެވެ. އެމްޓީސީސީކުރާ ކޮންމެ ކަމެއް ކުރާނީ ގެއްލުމަކަށް ނުވާގޮތަށެވެ. މަސައްކަތުގެ އަގުނުދޭ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް އެމްޓީސީސީ ލައްވައެއް ނުކުރުވައެވެ. ހަވާލު ކުރެވޭ މަސައްކަތް ނިމެމުން ދާވަރަކަށް މަސައްކަތުގެ އަގު ދެމުންނުދާ އެއްވެސް މަސައްކަތެއް އެމްޓީސީސީއަކުން ނުކުރެއެވެ. ނުވެސް ކުރާނެއެވެ. މަސައްކަތްތައް ހިނގަމުން ދާއިރު އެ ކަމަކަށް ކުރަންޖެހޭ ހޭދައެއް އެއްބަސްވެފައި އޮންނަ ގޮތަކަށް މަސައްކަތް ނަގާފަރާތުން ކުރުމަކީ ކޮންޓްރެކްޓްގެ އުސްލޫބެވެ. އެހަލަތުގައި އެކުންފުންޏެއްގެ މާލީ ހިސާބުތަކުން އަޑިގުޑަން ފެންނާނެއެވެ. މަސައްކަތް ނިމި ހަމަ އަގު ލިބުމުން އެއްކަލަ އަޑިގުޑުން ފިލާ ހަމަހަމަވެ އުފުލިފައިވާ ކުންނުގެ ފެންނާނެއެވެ.

ރައްޔިތުންގެ ކުންފުނިތަކަކީ ރައްޔިތުންނަށް އަގުހެޔޮ ފަސޭހަ ހިދުމަތްތައް ދިނުމާއެކު ފައިދާ ހޯދަން މަސައްކަތްކުރަން އުފެދިފައި ހުންނަ ތަންތަނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ދެވޭ އަސާސީ ހިދުމަތްތަކުން ފައިދާ ހޯދުމަކީ ރައްޔިތުން ކުންފުނިތަކުގެ އަމާޒެއް ނޫނެވެ. އަސާސީ ހިދުމަތަކީ ހިދުމަތް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުންޏަށް އުފުލަންޖެހޭ ބުރަޔަކަށް ނުވެ ދެވެން ޖެހޭ ހިދުމަތެކެވެ. ދެވޭ އަސާސީ ހިދުމަތަކުން ފައިދާ ހޯދާނީ އަސާސީ ހިދުމަތަކަށް ވުރެ އިތުރަށް އެހިދުމަތެއްގެ ބޭނުން ކުރާ ފަރާތް ތަކުންނެވެ. އަސާސީ ހިދުމަތް ދިނުމަށް ކުރަންޖެހޭ ހޭދަ ދެވޭ ހިދުމަތުން ލިބޭ އެއްޗަކަށް ވުރެ ބޮޑުވާނަމަ އެބައި ފޫބައްދަނީ ސަރުކާރުންދޭ ސަބްސިޑީން ނުވަތަ އެހެން ހަރަކާތެއް ހިިންގައިގެން ފައިސާ ހޯދައިގެނެވެ. މިއުސޫލުން ބަލާއިރު ރާއްޖޭގެ ކަންކޮޅުތަކުގައި އެމްޓީސީސީން ކުރާ އެއްވެސް މަސައްކަތަކީ އެމްޓީސީއަށް ވާގެއްލުމެއް ނޫނެވެ. އެކަންކަމުން އެމްޓީސީސީއަށާއި ރައްޔިތުންނަށް އޮތީ ފައިދާއެވެ. ފާގަތިކަމާ އުފާވެރިކަމެވެ.

]]>
Wed, 16 Nov 2022 17:29:59 +0500 ހީރަސް
ރަށުބަންދުން ވީއްލޭތީ ހެޔޮވެރިކަމުގެ އިހުސާސް ކުރެވޭ https://heerasnews.com/692 https://heerasnews.com/692 އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމަކީ ބޮޑުގެއްލުމެއް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަގުހެޔޮ އަރާމު އަވަސް ދަތުރު ފަތުރުގެ ނިޒާމަކަށް ވުރެ ފައިދާ ބޮޑު ހިދުމަތެއް ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ނުއޮންނާނެއެވެ. ރަށު ބަންދުން ވީއްލި އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނި ވުމަށް ވުރެ ބޮޑު ފައިދާއެއް ނުއޮންނާނެއެވެ.

އެއްބަހެވެ. ރާއްޖޭގެ ރައްތައް ފެތުރިފައިވާ ގޮތުން މުޅި ރާއްޖެ ގުޅުވާދޭ ފެރީ ނިޒާމަކަށް ހިގާނެ ހަރަދު ވަރަށް ބޮޑުވާނެއެވެ. ހައިސްޕީޑް ލޯންޗް ފަހަރު ހޯދުމާއި ބެލެހެއްޓުމަށް ފިސާރި ފައިސާ ހޭދަވާނެއެވެ. މުއައްޒަފުންނަށް ހިނގާ ހަރަދު ލައްކަ ބޮޑުވާނެއެވެ. ތެލާއި މަރާމާތާއި ހިދުމަތް ރާވާ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިލިއަން މިލިއަނުން ހަރަދު ވާނެއެވެ. ފަސިންޖަރުން އަތުން މަސް ދުވަހު ނަގާ ކުޑަކުޑަ އަގަކުން އެންމެ ދުވަހަކު ހިނގާ ހިންގުމުގެ ހަރަދު ވެސް ފޫ ނުބެއްދޭނެއެވެ.

ސަރުކާރުން ސަބްސިޑީ ދީގެން މިހާ އަގުބޮޑު ދަމަހައްޓަން އުނދަގޫ ހިދުމަތެއް ދޭން ފެށުމުން މާއްދީ ހަނި ވިސްނުމަކުން ވިސްނާ މީހަކަށް ކަމަކީ ކުރަން ހެޔޮނުވާ ވަރުގެ ކަމެއް ކަމަށް ދުށުމަކީ އެ މީހެއްގެ ވެސް އުނިކަމެއް ނޫނެވެ. ރައްޔިތެއްގެ މައްޗަށް ދައުލަތެއް ބިނާވެފައި އޮތުމުގެ އިހުސާސް ކުރާ އެއްވެސް މީހަކު އެޒާތުގެ ކަންކަމާ މެދު ނޭއްގާނި ވިސްނުމަކުން ނުވިސްނާނެއެވެ.

އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމުގެ ފައިދާ ހުރިހާ ދައިރާ އަކަށް ކުރިއެރުމާ މަންފާ ލިއްބައި ދޭނެކަން ހުޅުވިފައިވާ ސިކުނޑި އަކުން ވިސްނާލުމުން އެނގިގެން ދާނެއެވެ. ހިދުމަތް ލިބެން ހުރި ތަކާކަށް އަގު ހެޔޮކޮށް އަވަހަށް ގޮސް އެ ހިދުމަތެއް ލިބިގަތުމަށް އެ ނިޒާމު މަގު ފަހިކުރެއެވެ. އެއް ރަށެއްގައި އުފައްދާ އެތި ބޭނުންވާ އެހެން ރަށް ރަށުގައި ތިބޭ މީހުނަށް ފޯރުކޮށް ދެވެއެވެ. ކަމެއް ދިމާވުމުން ނުވަތަ އާއްމުކޮށް ކުރަންޖެހޭ ކަމެއް ކުރުމަށް އެހެން ރަށްރަށަށް ބޮޑުއަގު ދީގެން ކުރަން ޖެހުނު ދަތުރުތައް ކުރުމަށް ހޭދަކުރި ފައިސާ ފައިދާ ހުރި ކޮންމެވެސް އެހެން ކަމަކަށް ހަރަދު ކުރުމަށް މިހާރު ބެހެއްޓެއެވެ.

ސަރުކާރުން  އޭރުޓީއެލަށް ސަބްސިޑީ ދީގެން ދަތުރު ފަތުރުގެ ނިޒާމު ހިންގާ ދެމެހެއްޓުމަކީ އެތައް ގޮތަކުން ރައްޔިތުންނަށާއި ސަރުކާރަށް އެންމެ ފައިދާ ހުރި އެއްކަމެވެ. ކޮންމެ އަތޮޅެއްގައި ޓަރޝަރީ ހޮސްޕިޓަލް ނާޅާ ދަތުރު ފަތުރުން ގުޅުމުން ރައްޔިތުންނަށް ޓަރޝަރީ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށް ދެވެއެވެ. ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ރަށުގައި ތިބެ މަތީ ތައުލީމަށް ކިޔަވަން ދެވޭނެއެވެ. އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ މީހާއަށް ރަށަށް ނިދަން އާދެވޭނެއެވެ. އިގުތިސާދީ ހަރަކާތްތައް ހުރިހާ ދިމާލެއްގައި ފެށި ގުޅުންތައް ބަދަހިވެ އެންމެން ރަށު ބަންދުން ވީއްލޭނެ ނިޒާމަކީ އާރޓީއެލްއެވެ. އާރުޓީއެލުން މުޅިރާއްޖެ ގުޅާލާ ސަބްސިޑީ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރު ފަތުރުގެ ހިދުމަތް މި ސަރުކާރުން ދިނުމަކީ ރައްޔިތުން އުފަލުން ފޮޅުނު ކަމެކެވެ. ހެޔޮވެރިކަމެއް ކުރެވޭ ކަމުގެ އިހުސާސް ރައްޔިތުން ކުރަނީ ރަށު ބަންދުން ވީއްލިގެންނެވެ.

]]>
Mon, 14 Nov 2022 12:39:48 +0500 ހީރަސް
ކުދި ރަށްރަށުގައި ސަރުކާރުން ވަޒީފާތަކެއް އުފައްދަނީ ކީއްވެ! https://heerasnews.com/691 https://heerasnews.com/691 ސަރުކާރު ކުންފުނި ތަކުން ގިނަ ބަޔަކަށް ވާޒީފާ ދޭތީ ކަން ބޮޑުވެގެން ބަޔަކު އެބަ އުޅެއެވެ. ކުދި ކުދި ރަށްރަށުގައި ވެސް ގިނަ އަދަދަކަށް ވަޒީފާ އުފައްދާ ގިނަ ބަޔަކަށް ވަޒީފާދިނުމަކީ ފައިދާއެއް ނެތް ބޮޑު ގެއްލުމެއް ގޮތުގައި ސިފަ އެބަ ކުރެއެވެ. ދައުލަތުގެ ދަރަނި ބޮޑުވާ ސަބަބެއް ކަމުގައި އެކަންކަން އެބަ ފާހަގަކުރެއެވެ. ސަރުކާރު ކުންފުނި ތަކުން ރަށްރަށުގައި ވަޒީފާ އުފައްދާ ގިނަ ބަޔަކަށް ވަޒީފާ ދޭ ދިނުމާއި މެދު ރަނގަޅު ވިސްނުމަކުން ވިސްނާލަމާ ހެއްޔެވެ. 

ތެދެކެވެ. ވަޒީފާ އިތުރު ކުރުމުން މުސާރަ ދޭން ޖެހޭ މީހުން ގިނަވާނެއެވެ. މުސާރައަށް ކުރާ ހަރަދު ބޮޑުވާނެއެވެ. ސަރުކާރުގެ ކުންފުނި ތަކުގެ އޯވަރހެޑް ބޮޑުވާނެއެވެ. އެހެނެއް ކަމަކު ރަނގަޅަށް މެނޭޖު ކޮށްގެން އުފެއްދުންތެރިކަން އިތުރު ކުރުމާއެކު މުއައްޒަފުންނަށް ލޯޑް ކުޑަކޮށް މަސައްކަތުގެ ވެއްޓަށް ދިރުން ގެނެވޭނެއެވެ. އެކަން ކަމަށް ވުރެ ބޮޑު އެހެން ކަމެއްވެސް މުއައްޒަފުން އިތުރު ވުމުން ވާނެއެވެ. 

ރައްރަށުގައި ވަޒީފާ އަދާކުރާ މީހުން ދެ އަތުގެ އިނގިލި ތަކުން ގުނާ ލެވޭހާ މަދުވުމުން ރަށްރަށުގެ ދިރުން ކެނޑިފައި އޮތްކަން ދެނެ ހުރިން ހެއްޔެވެ. މުސާރަ ލިބުނު ވަކި ދެތިން މީހަކު ނޫނީ ދެން ތިބި އެންމެން އުޅުނު ހާލު އެނގޭ ހެއްޔެވެ. ވަޒީފާ ހޯދަން ރަށުން ބޭރަށް ގިނަ ބަޔަކު ގޮސް ރަށުގައި ތިބި އަނބި ދަރިން ބިކަވެ އާއިލާތައް ރޫޅި އުފުލަން ޖެހުނު ތަކުލީފީ ވޭންތައް އިހުސާސެއް ނުވޭ ހެއްޔެވެ.

ގިނަ ބަޔަކަށް އެމީހުން އުޅޭ ރަށުން ވަޒީފާ ދީގެން ދައުލަތުން އުފުލަންޖެހޭ މާލީ ގެއްލުމަށް ވުރެ ޖުމްލަ ގޮތެެއްގައި މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އުފުލަންޖެހޭ ތަކުލީފާއި ވާ ގެއްލުން ސަރުކާރު ތަކަށް މާބޮޑެވެ. ލިބޭ ވަގުތީ މާލީ ގެއްލުން ހައްލު ކުރުމަށް ވިސްނުންތެރި ކަމާއެކު ސަރުކާރަށް ކުރެވޭނެ ކަންތައް ބައިވަރެވެ.

ގިނަ ބަޔަކަށް ވަޒީފާ ދީގެން ދައުލަތަށް އުފުލަން ޖެހޭ ބުރަޔަށް ވުރެ އާއްމު ރައްޔިތަށް ވަޒީފާ އިތުރުވުމުން ވާ ފައިދާ މާ ބޮޑެވެ. ރައްޔިތުންގެ އެތައް ގޭބިސީ އަކަށް އެކަށީގެންވާ އާމްދަނީއެއް މަހުން މަހަށް ގަވައިދުން ލިބިގެން ދެއެވެ. ކޮންމެ އާއިލާ އެއްގެ އެކަކަށް ނަމަވެސް މަހުން މަހަށް ކަނޑައެޅިފައި އޮންނަ އާމްދަނީއެއް ލިބޭނެ ކަމުގެ ކަށަވަރުކަން ލިބުމަކީ ރައްޔިތުން ހަމަޖެހިގެން ދިރިއުޅޭން ފަހިވާ ފަހިވުމެކެވެ. ކޮންމެ ރަށަކަށް މުސާރައިގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ވަނުމަކީ އެ ރަށެއްގައި ދައުރުވާ ފައިސާ އިތުރު ވާނެ ކަމެކެވެ.

ދައުރުވާ ފައިސާ އިތުރުވީ ވަރަކަށް ރައްޔިތު މީހާގެ އުފެއްދުން ތަކަށް އަގު ލިބެންފަށައެވެ. ވިޔާފާރިތައް ފުޅާވެއެވެ. ހިދުމަތްތައް އިތުރުވެ ދޭ ހިދުމަތަށް އަގު ލިބެއެވެ. ކުންފުތަކުގެ މުއައްޒަފުން ނޫން އެހެން މީހުންގެ ޖީބުތައް ވެސް ތަނަވަސް ވެއެވެ. 

ހަނދާން އައުކޮށްލާށެވެ. 65 ފަހަރުން މަތީގެ މީހުނަށް ޕެންސަން ފައިސާ ލިބެން ފެށުމުން ރަށްރަށުގެ އާއިލާ ތަކަށް އާރޯކަން ލިބިގެން ދިޔަ ނޫން ހެއްޔެވެ. ޕްރައިވެޓްސެކްޓަރ ވަރުގަދަ ވާނީ ވެސް ވަޒީފާއެއް އޮވެ އެ ވަޒީފާއިން ލިބޭއެއްޗެއް ރައްކާ ކޮށްގެން އާމްދަނީ ލިބޭނެ އެހެން މަސައްކަތްތައް އަމިއްލަ މީހުން ފަށައި ގަތުމުންނެވެ. ވަޒީފާގެ ގަރަންޓީއަށް ލޯނާއި އެހެން އިނާޔަތްތައް ހޯދައިގެން އަމިއްލަ މަސައްކަތެއް ފެށުމަށް ވެސް މީހުނަށް ވަޒީފާ ދިނުން މުހިންމެވެ.

އަމިއްލަ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް ތަފާތު ވަނީ އެހެން ވެގެންނެވެ. އަމިއްލަ އެއްވެސް ކުންފުންޏަކީ ރައްޔިތުމީހާއަށްޓަކާ މަސައްކަތްކުރާ ބައެއް ނޫނެވެ. އެކުންފުނި ތަކުން ސީދާ ފައިދާއެއް ނެތް އެއްވެސް ކަމަކަށް ހޭދައެއް ނުކުރާނެއެވެ. ސަރުކާރު ކުންފުނި ތަކުގެ އަމާޒަކަށް ވާނީ ދެވޭ ހިދުމަތްތައް ދެމެހެއްޓުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކޮށްދީ ގޮތް ހޯދާ ދިނުމެވެ. އެހެންކަމުން ސަރުކާރު ކުންފުނި ތަކުން ކުރާ ހުރިހާ ކަމަކީ ވަގުތުން ވަގުތައް އެކަމުގެ ސިދާ ނަފާ ފެންނަށް ނުހުންނަ ކަންތައް ތަކަކަށް ވެދާނެއެވެ.

]]>
Sun, 13 Nov 2022 20:41:00 +0500 ހީރަސް
އިބޫ ސަރުކާރު އައީ ޔާމީނު ސަރުކާރުގެ ދަރަނި އަދާކުރަން! https://heerasnews.com/683 https://heerasnews.com/683 ޕީޕީއެމް- ޕީއެންސީގެ މެންބަރުންނާއި ރައީސް ނަޝީދުމެން ދަރަނީގެ ވާހަކަ ދައްކަން މަޖިލީހުގައި އަނގަ ހުޅުވަން ލަދު ނުގަންނަކަމެވެ. އެމްއެމްޕީއާރުސީން އެކަނި ވެސް ދައުލަތުގެ ހަޒާނާގައި ހުންނަން ޖެހޭ 65.01 މިލިޔަން ޑޮލަރު ދިރުވާލައިގެން ހުރެ ވެރިކަން ހޯދަން އުޅެން ޔާމީނު ހަޔާތް ނުގަންނަކަމެވެ. މި ދައްކަނީ ހަމައެކަނި އެންމެ އޮފީހަކުން ދިރުވާލައިގެން ހުރި 1.2 ބިލިޔަން ދިވެހި ރުފިޔާގެ ވާހަކައެވެ. އެއީ އަދި ލިޔެ ކިޔުމުން އޮޑިޓަށް ފެންނަން އޮތްވަރެވެ. ހަވާސާއިން ބޭރުން ކަޅާކޮށްލާފައި އޮންނާނީ ކިހާވަރެއްކަން ހިތައް އަރުވާލަން ވެސް ދައްޗެވެ.

ބޮޑު ހިޔާނާތް ޔާމީނުގެ މައްޗަށް ސާބިތުކޮށް ނުދެވޭ ކަމަށް އަނގަފުރާފައި ބުނާ މީހުން ބުނެ އުޅެއެވެ. ކަމެއް ސާބިތުވުމާ ނުވުމަކީ އެ ކަމެއް ނުހިނގުމެއް ނޫންކަން އެހެން ބުނާ މީހުންނަކަށް ނޭނގެއެވެ. ޔަގީނުން ވެސް އެނގޭކަމަކީ 65.01 މިލިޔަން ޑޮލަރުގެ ހިޔަނާތް ހިންގީ ޔާމީނު ސަރުކާރުން ކަމެވެ. ނުދެނެ ހުރީމޭ ބުނެ ކަމުން ރެކެވޭނީ އެ ކަމެއް އެ ސަރުކާރުގައި ނުހިނގާ ނަމަތާއެވެ.

ޔާމީނު ދައުލަތުގެ މިލްކިއްޔާތުގައި އޮބި އަޅައި ނެތް ދިޔައަށް ދަންދެން ފެލާލިއެވެ. ހާލެއްގައި ޖެހިގެން ވެސް ފަހުން އަންނަ ބަޔަކު ކުއްޔަށްދީ ވިއްކާލަން ފަޅެއް ގިރިއެއް ފިނޮޅެއް ހާ ހިސާބު ވެސް ނުބާއްވައެވެ. ގައުމުގެ މުޅި މުސްތަގުބަލު ފެލާލައިގެން ފައިސާ އެއްކޮށް ކައި ހުސްކުރިއެވެ. އޭރު ރާއްޖޭގައި ކުރިއްޔާ ކުރިކަމެއް ކުރީ ބޮޑެތި ބިޔަ ލޯނުތައް ނަގައިގެނެވެ. ޔާމީނުގެ ވެރިކަމުގައި ގައުމު އެހާ ބޮޑު ދެރުމަކުން ދަރުވަލީ ދުނިޔޭގެ އިގްތިސާދުގައި ލޮޅުމެއްނެތް ފާގަތި ދުވަސް ވަރެއްގައެވެ. ރާއްޖޭގެ އިގްތިސާދު ނުލަހިކު ދުޅަހެޔޮކޮށް އޮއްވައެވެ. 

ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމަށް ފަޅުތަކާ ފަރުތަކާ ގިރިތައް ވިއްކިޔަސް ސަނީސައިޑްގެ ނަމުގައި 250 މިލިޔަން ޑޮލަރު ބޮންޑްގެ ގޮތުގައި ނަގާފައި އޮތެވެ. 250 މިލިޔަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑްގެ ދަރަނި ވެސް ވާރުތަވީ މި ސަރުކާރަށެވެ. ދައްކަން ޖެހުނީ މި ސަރުކާރަށެވެ. ދެއްކީ މި ސަރުކާރުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އެޅީ 140 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ ދަރަންޏަކީ ވެސް ދަރަނި އަދާ ކުރުމަށް އެންމެ ލޯލާރިއެއް ވެސް ޔާމީނު ސަރުކާރުން ދެއްކި ދަރަންޏެއް ނޫނެވެ. އެ ދަރަނި އަދާ ކުރަމުން އެ ދަނީ މި ސަރުކާރުންނެވެ.

ހިޔާ ފުލެޓު ވެސް ހަމަ އެހެންނެވެ. ހިޔާފްލެޓްގެ ލޯނާއި އިންޓަރެސްޓް ދައްކަން މިހާތަނަށް މި ސަރުކާރުން 2.9 ބިލިއަން ރުފިޔާ ހަރަދު ކޮށްފިއެވެ. އިންޓަރެސްޓާއި އެކު 7.58 ބިލިއަން ރުފިޔާ ދައްކަން އަދިވެސް އެބައޮތެވެ.

އެމްއެމްޕީއާރުސީ ކާލާ، ބިލިޔަނުން ލޯނުނަގާ، އެތަން މިލިޔަނުގެ ބޮންޑް ދަރަނީގެ ގޮތުގައި އޮތީ އެކަންޏެއް ނޫނެވެ. ރައްޖޭގެ މަސްވެރިންނަށް ދަރާފައި އޮތް 35.9 މިލިއަން ރުފިޔާގެ ދަރަނި މި ސަރުކާރަށް ޔާމީނު ވާރުތަ ކޮށްދީފައި އޮތެވެ. މި ސަރުކާރުން ވަނީ މަސްވެރިންނަށް އޮތް އެ ދަރަނި ވެސް ހަލާސްކޮށް ނިންމާފައެވެ.

ހަމަ ތެދެކެވެ. މި ސަރުކާރުން ލޯނު ނަގާ ވާހަކަ ދައްކާ ބަޔަކު ދައްކަނީ ގޮތެއް ފޮތެއް ނެތީމައެވެ. ވާނުވާ އެނގިތިބެ ފިތުނަ އުފައްދާށެވެ. އެނގޭ ހެއްޔެވެ. ޔާމީނު ގައުމު ދަވާލާ ދަރަނިވެރި ކުރުވާފަ އޮތްވަރުން ދަރަނި އަދާ ކުރަން ދަރަނި ނަގަން އޮތީ ޖައްސާފައެވެ. ރަންކޮޅާއެވެ. މި ސަރުކާރު އައީ ޔާމީނުގެ ދަރަނިތައް އަދާކޮށްދޭކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. ވަޒީފާ ދީގެން ވިޔަސް ގިނަ ބަޔަކަށް އާމްދަނީ އިތުރު ވާނެހާ ގޮތްގޮތް ހޯދަ ދޭށެވެ. ރައްޔިތުންނަށް ފާގަތިކަން ހޯދަދޭށެވެ. ކުރީ ސަރުކާރުގެ ދަރަނިތައް އަދާ ކޮށްލަ ކޮށްލާ ތިބެ ދައުރު ނިންމަލާކަށް ނޫނެވެ.

]]>
Fri, 11 Nov 2022 11:58:13 +0500 ހީރަސް
ޔާމީނެއް ކަމަކު އެސްޓީއޯ ހަވަރަކަށް ނުދެވޭނެ! https://heerasnews.com/652 https://heerasnews.com/652

ފަހަކަށް އައިސް ދައުލަތުގެ ކުންފުނިތަކުގެ ތަސައްވަރު ކިލަނބު ކުރުމަށް ރޭވިގެން ބޮޑެތި ޖަރީމާ ބަޔަކު އެބަ ހިންގައެވެ. ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކު އިތުބާރު ކަނޑުވާލަން ހިންގަނީ އެއްކަމެއް ދެކަމެއް ނޫނެވެ.

ވެރިކަން ހޯދުމަށްޓަކާ ސަރުކާރު ބަދުނާމު ކުރަން އިދިކޮޅުން ހިންގާ އެންމެ ނުރައްކާތެރި އެއް ކަމަކީ ދައުލަތުގެ ކުންފުނި ތަކުގެ އިތުބާރު ކަނޑުވާލުމެވެ. ކުންފުނިތަކާ މެދު އާއްމު ރައްޔިތުން ދެކޭ ގޮތް ހުތުރު ކޮށްލުމެވެ. ކުންފުނި ތަކާއެކު މުއާމަލާތު ކުރާ ފަރާތްތައް ބިރު ގަންނަވާ ކުރެވޭ މުއާމަލާތްތައް ހުއްޓުވުމެވެ. މިކަމުގައި އެސްޓީއޯއެއް ފެނަކައެއް ސްޓެލްކޯއެއް އެމްޓީސީސީއެއް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ކުންފުނި ތަކަށް މި ވައިރަސް އެބަ  އަރުވައެވެ.

ކުންފުންޏެއްގެ މާލީ ރިޕޯޓަކުން ކޮންމެ ބަލި ދިމާލެއްގައި ހިފާ ދަމާ ބޮޑު ކުރުމަކީ އެކަން ކުރާ މީހުންގެ އާދައެވެ. ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމާއި ފައިދާގެ ވާހަކައެއް އެމީހުން ނުދައްކާނެއެވެ. އެންމެ ބޮޑަށް ދައްކާނީ ދަރަންޏާއި ހަރަދުގެ ވާހަކައެވެ.

މި އަހަރުގެ ތިންވަނަ ކުއާޓާރގެ ރިޕޯޓް އެސް ޓީއޯއިން ނެރުނު އިރު އެ ކުންފުންޏަށް ކުރީ ކުއާޓަރއަށް ވުރެ ބޮޑެތި ކާމިޔާބީ ތަކެއް ލިބިފައި ވާކަމީ ހަގީގަތެކެވެ. ދެވަނަ ކުއާޓަރއަށް ވުރެ ތިންވަނަ ކުއަރޓަރގެ ހިންގުމުގައި 18 ޕަސެންޓްގެ ފައިދާއެއް ހޯދިއެވެ. 217 މިލިއަން ހިންގުމުގެ ފައިދާގެ ގޮތުގައި 2 ވަނަ ކުއާޓަރގައި ލިބިފައި އޮތް އޮތުން 3 ވަނަ ކުއާޓަރގައި 255 މިލިޔަން ރުފިޔާއަށް އޮތީ ބަދަލު ކޮށްފައެވެ. މުޅި ކުންފުނީގެ ސާފު ފައިދާއަށް 13 ޕަސެންޓްގެ ކުރިއެރުމެއް ނުލިބޭ ކަމަކަށް ވެސް ނުހެދޭނެއެވެ. ދެވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި އޮތް 458 މިލިއަން ރުފިޔާގެ ބަދަލުގައި 3 ވަނަ ކުއާޓަރގެ ޖުމްލަ ފައިދާ 515 މިލިއަން ރުފިޔާއަށް ބަދަލު ވެގެން ގޮސްފައި އޮތް އޮތުމަކީ ތެދު ހަގީގަތެވެ.

އެހެން ނަމަވެސް ސަރުކާރާ އިދިކޮޅު ޕީޕީއެމްގެ މަސްލަހަތު ނަގަހައްޓާ ނޫސްތަކުން އެސްޓީއޯގެ އިމޭޖު ހުތުރު ކޮށްލަން ދައްކާފައި އޮތީ އެހެން މަންޒަރެކެވެ. ދަރަނީގެ ވާހަކައެވެ. ތެދެކެވެ. ވިޔާފަރިކުރާ އެހެން ކޮންމެ ބަޔެކޭ އެއްގޮތަށް އެސްޓިއޯގައި ވެސް ދަރަނި ހުންނާނެއެވެ. ދަރަނި ނަގަން ވެސް ނަގާނެއެވެ. ދުނިޔޭގެ ހާލަތަށް ބަލާ ދަރަނި ނަގަން ވެސް ޖެހެއެވެ.

ދަރަންޏާ އަރަންޏަކީ މި ޒަމާނުގެ ވިޔަފާރީގެ މައިގަނޑު އެއް ބަހާއެވެ. ވިޔަފާރިއެއް ދަރަންޏާ ނުލާ ހިންގުމަކީ މި ޒަމާނުގެ ވިޔަފާރި މާހައުލުގައި މުސްތަހީލު ކަމެކެވެ. ދަރަންޏަކީ ގަވައިދުން ދައްކަމުން ދާނަމަ މައްސަލައެއް ގޮތުގައި ފާހަގަ ކުރާ ކަމެއް ނޫނެވެ. ދަރަނި މައްސަލަ އަކަށް ވަނީ ހަމަޖެހިފައި އޮންނަ އުސޫލުން ނުދެއްކޭ ނަމައެވެ. އެސްޓީއޯއަށް ދަރަނި ނުދެއްކިގެން ނޫޅެއެވެ.

ވިޔަފާރީގެ މާހައުލުގައި އަންނަ ލޮޅުންތައް ފޫބެއްދުމަށް ދަރަނި ނެގުމަކީ އެ ވިޔާފާރިއެއް ދަމަހައްޓާ ނެގެ ހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަފާވެރި ކުންފުންޏެއް ގޮތުގައި ކުންފުންޏެއް ދެމި އޮންނަނީ ދަރަންޏާވެސް އެކުގައެވެ.

ވަރަށް މަދުން ނޫނީ ބޮޑެތި ކޮންމެ ވިޔާފާރި އެއްގައި ވެސް ދަރަނި އޮންނާނެއެވެ. ލޯނާއި އެހެނިހެން ގޮތް ގޮތުން ހުންނަ ދަރަންޏެވެ. ވިޔާފާރީގެ މުއާމަލާތު ހިންގާ ކޮންމެ ދެ ބައެއްގެ ދެމެދުގައި ލޭންދޭނު އޮތުމަކީ ވެސް ވިޔާފާރި ދުޅަހެޔޮވެ އިތުބާރު އުފެދޭ ކަމެއް ކަމަށް ބެލެވެއެވެ. ލޯނާއި ލޭންދޭނަކީ ދެމެހެއްޓެނިވި ވިޔާފާރީގެ މުއާމަލާތް ތަކުގައި މިޒަމާނުގައި މުހުންމު ބަހާއެކެވެ.  

އިތުބާރު ގެއްލުވާލުމަށް ވާހަކަ ދައްކާ މީހުން ދައްކާނީ އަދާކުރަންޖެހޭ ދަރަނީގެ ވާހަކައެވެ. ވަރަށް ބާރަށެވެ. ގަވައިދުން ކާމިޔާބު ކަމާއެކު ދަރަނި އަދާ ކުރަމުންދާ ވާހަކައެއް އެމީހުން ނުދައްކައެވެ. ލިބެން ޖެހޭ ނުލިބި ހުންނަ ފައިސާގެ ވާހަކައެއް ވެސް ނުދައްކައެވެ.

ސިޔާސީ ބޭނުމުގައި ދައުލަތުގެ ކުންފުނި ތަކުގެ އިތުބާރު ކަނޑުވާލަން މަސައްކަތްކުރާ މީހުނަށް ނޭނގޭ ކަމެއް އެބަ އޮތެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ދައުލަތުގެ ވިޔާފާރި ކުންފުނިތައް އޮންނާނެކަމެވެ. އެ ބަޔަކު ވެރިކަމަށް އަޔަސް ކުންފުނިތަކުގެ އިތުބާރު ނަގާލުމުން ގެއްލުނު އިތުބާރު އަނބުރާ ހޯދާ ނުދެވޭނެ ކަމެވެ. ވެރިކަމުގެ މަސްތުގައި ވެސް ކުރަންވާނީ ކުރާވަރުގެ ކަންކަމެވެ. ހަމަ ތެދެކެވެ. ޔާމީނެއް ކަމަކު އެސްޓީއޯ ހަވަރަކަށް ނުދެވޭނެއެވެ.

]]>
Thu, 03 Nov 2022 23:04:45 +0500 ހީރަސް
އާރޓީއެލް ސަބްސިޑީއަކީ ޔާމީނަށް ބޮޑު ގެއްލުމެއް https://heerasnews.com/647 https://heerasnews.com/647

އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމަކީ ރައްޔިތުންނަށް ދޭ ގެއްލުމެއް ގޮތުގައި ސިފަވާ ބަޔަކީ ރައްޔިތުނަށް ލުއިފަސޭހައެއް ވުމަށް ނޭދޭ ބައެކެވެ. އޭރުޓީއެލަށް ސަރުކާރުން ސަބްސިޑީ ދިނުމަކީ ދައުލަތަށް ދޭ ގެއްލުމެއް ކަމަށް ދެކޭ ބަޔަކު ރައްޔިތުންގެ ވެރިންނަށް ލާން ހެޔޮ ނުވާނެއެވެ.

ރައްޔިތުންނަށް ރަނގަޅެއް ލުޔެއް ވާން ޔާމީނުގެ ބައިގަނޑު ނޭދޭވަރު އެބަ އެނގޭ ނޫންހެއްޔެވެ. އިރު ކޮޅަކުން އާސަންދައަކީ ވެސް ގެއްލުމެކޭ މިބައިގަޑު ބުނެފާނެއެވެ. ކަނޑު މަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމާއި ގެއްލޭ މީހަކު ހޯދަން ކުރާ ހޭދައަކީ ވެސް ގެއްލުމެކޭ ގޮވަން ފަށާ ފާނެއެވެ. ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފުން އެއަރކްރާފްޓެއްގައި ޑޮކްޓަރުންނާ ހަމަޔަށް ގެނައުމަކީ ގެއްލުމެއް ކަމަށް ބުނެ ފާނެއެވެ.

ނަމާދަށް އަރާ މީހުން އަތުން ފައިސާ ނުނަގާތީ މިސްކިތް އެޅުމަކީ ބޮޑު ގެއްލުމެއް ކަމަށް ބުނަން ވެސް މި ބައިގަނޑު ފަހަށް ނުޖެހޭނެއެވެ. އަޅާ ފިޔަވަޅަށް ލާރި ނުލިބެންޏާ މަގު ހެދުން ވެސް ވާނީ ގެއްލުމަކަށް ކަމަށް ބުނެފާނެއެވެ. ރަށްރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްގެން ފައިސާ ނުލިބެންޏާ އެވެސް ވާނީ ގެއްލުމަކަށް ކަމަށް ހަދާނެ ތާއެވެ.

ބަނދަރުތައް ހަދާ ބިން ހިއްކުމަކީ ޕީޕީއެމް ފިކުރަށް ވާނީ ގެއްލުންމަކަށް ތާއެވެ. ސްކޫލުތައް އަޅާ މުއައްޒަފުންނަށް މުސާރަދީ އެ ތަންތަން ހިންގަން ހަރަދު ކުރުމަކީ ބޮޑު ގެއްލުމެކޭ މާދަމާ ގޮވާނެއެވެ. ލޯނު ނަގައިގެން ބުރިޖުއަޅާ އެތަން ބެލެހެއްޓުމަށް ހަރަދު ކުރުމަކީ ވެސް ހާދަ ބޮޑު ގެއްލުމަކަށް ވާނެތާއެވެ. ބުރިޖު ނިމިގެން ގިނަ ދުވަހު ވެރިކަމުގައި ނުތިބެވުނުކަން ރަނގަޅެވެ. ތިބިނަމަ ހަން ދަމާލީސް ކަން ކަށަވަރެވެ.

ބުނަން ހެއްޔެވެ. ސަރުކާރުން ރައްޔިތުންނަށް ގާއިމު ކޮށްދޭ ލުއިފަސޭހަ ދަތުރު ފަތުރުގެ ނިޒާމަކީ ނަފާ ހޯދަން ކުރާ ވިޔަފާރިއެއް ނޫނެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި 300.6 މިލިއަން ރުފިޔާ ހިމަނާފައި އޮތުމުން ވާނުވާ ނޭގި އަމިއްލައަށް ބަރަހަނާ ވެވޭއިރުވެސް ނޭގެއެވެ. ކަރަންޓްގެ ހިދުމަތަށް ސަރުކާރުން ސަބްސިޑީ ނުދޭނަމަ ރައްޔިތުން ކަނު އަދިރީގައި ތިބޭނެތާ ކޮން ދުވަހެއް ހެއްޔެވެ. ފެނަށް ސަބްސިޑީ ނުދޭނަމަ ގައިން ބޮލުން ތާހިރު ވެވުނީސް ހެއްޔެވެ. ސިޔާސީ ގޮތުން ފިތުނަ އުފައްދަން ވެސް ހަމަޖެހޭ އެއްޗެއް ކިޔާށެވެ. އަމިއްލައަށް ތިޔައެޅެނީ ބޮލާފޮށައެވެ.

އާނއެކެވެ. އާރުޓީއެލްގެ ހިދުމަތަށް ނަގާ ރަމްޒީ އަގުން ލިބޭ އެއްޗަކުން ހިނގާ ހަރަދުގެ ދިހައެއް އިންސައްތަ ވެސް ނުލިބޭނެއެވެ. ލިބޭކަށް ނުވެސް ޖެހެއެވެ. އެހެނަސް އެމްޓީސީއަކީ ސަރުކާރާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންގެ ހިއްސާ އޮންނަ ވިޔާފާރި ކުންފުންޏެކެވެ. އެ ކުންފުނިން ކުރާކަމެއް ކުރާނީ ކުންފުންޏަށް ގެއްލުން ނުވާ ނަފާ ލިބެނިވި ގޮތަކަށެވެ. 

އެހެން ކަމުން ރައްޔިތުންނަށް ތަކުލީފު ނުޖައްސާ އަގު ހެޔޮ އަރާމު އަވަސް ދަތުރު ފަތުރުގެ ހިދުމަތެއް ދެމެހެއްޓޭނީ ސަރުކާރުން ސަބްސިޑީ ދީގެންކަން އެންމެ ތުއްތު ކުއްޖާއަށްވެސް އެނގޭނެއެވެ. ދަތުރފަތުރު ހިންގުމަށް ދޭ ސަބްސިޑީއަކީ ދައުލަތަށް ވާގެއްލުމެއް ކަމަށް ބުނެ އާރުޓީއެލް ހިދުމަތް ހުއްޓުވަން އުޅޭނެ ކަމެއް ނެތެވެ. އެކަމެއް ނުވާނެއެވެ. އާރުޓީއެލުން މުޅިރާއްޖެ ގުޅާލާ ސަބްސިޑީ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރފަތުރގެ ހިދުމަތް މިސަރުކާރުން ދިނުން ޔާމީނަށް ވާނީ ވަރަށް ބޮޑު ގެއްލުމަކަށެވެ.

]]>
Tue, 01 Nov 2022 23:43:12 +0500 ހީރަސް
އިގްތިސާދުގެ ސަޕްލައި&ސައިޑް ބަދަލުކޮށްލާނެ! https://heerasnews.com/639 https://heerasnews.com/639 އަންނަ އަހަރު ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއު ތަކުން ރާއްޖޭގެ އިގްތިސާދުގެ ސަޕްލައި-ސައިޑް އެއްކޮށް ބަދަލު ކޮށްލާނެއެވެ. ފަތުރުވެރިކަން މުޅި ރާއްޖެ އަށް ފުޅާވެ، ކަންކޮޅު ތަކުގައި އެއާޕޯޓްތައް ތަރައްގީވެ، ކެޕޭސިޓީ އިތުރު ވެގެން ދާނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާއި މާފަރާއި ހަނިމާދޫ އަދި އައްޑޫ އިންޓަރނޭޝަނަލް އެއާރޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި ނަފާވެރި ރާއްޖެ އަކަށް އަލި ވިލޭނެއެވެ.  

ސަރުކާރުން އަންނަ އަހަރު ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން މުޅި ބަޖެޓްގެ ރުފިޔާ ހަރަދު ކުރަނީ އެހެން ވެގެންނެވެ. މުޅި ބަޖެޓްގެ 19.7 ޕަސެންޓް ހަރަދު ކުރާނީ ޕީއެސްއައިޕީ މަޝްރޫއު ތަކަށެވެ. މުޅިން އަލަށް ފަށާ 204 މަޝްރޫ އަކަށް 483.7 މިލިއަން ރުފިޔާ ހޭދަ ކުރަން ނިންމީ ސަމަސާއަކަށް ނޫނެވެ.

ރާއްޖޭގެ އިގްތިސާދު ފަހި ފަޅިއަށް ފުށުން ޖަހާލުމަށެވެ. ޓެންޑަރިންގ މަރުހަލާގައި އޮތް 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާއާއި ޕްރީ ޓެންޑަރިން މަރުހަލާގައިވާ 479 މަޝްރޫއަކަށް 1.2 ބިލިއަން ރުފިޔާ ހޭދަ ކޮށްގެން އެ ހުރިހާ ކަމެއް ނިމިގެން ދާނެއެވެ. މިހާރު ހިނގަމުން އަންނަ 1211 މަޝްރޫއަކަށް 5.5 ބިލިއަން ރުފިޔާ ހޭދަކޮށް އެ ކަންކަން މުޅިން ނިންމާ ލާނެއެވެ. ނިމިފައިވާ 113 މަޝްރޫއެއްގެ ރިޓެންޝަން އަށް 77.3 މިލިއަން ރުފިޔާ ހަރަދުކޮށް ތަރައްގީ ދަމަހައްޓާނެއެވެ. މި ވެރި ކަމުގެ ފަސް އަހަރު ނިމިގެން ދާއިރު ރައްޔިތުން ތިބޭނީ އުފަލުން ފޮޅިފައެވެ. ހެޔޮ ވެރިކަމެއްގެ ހަގީގީ މީރު ރަހަ ދެކި ދެކިއެވެ.

]]>
Mon, 31 Oct 2022 14:23:07 +0500 ހީރަސް