Maldives Real Time Facts & : ޔޫރަޕް https://heerasnews.com/rss/category/ޔޫރަޕް Maldives Real Time Facts & : ޔޫރަޕް dv ކޮޕީރައިޓް: Heerasnews llp (P013622021) މާބަނޑު އަންހެނަކާ އޭނާގެ ބަނޑުގައިވާ ކުއްޖާ މަރުވެއްޖެ https://heerasnews.com/2878 https://heerasnews.com/2878 ފުލުހުންގެ ކާރަކާ އެހެން ކާރެއް ޖެހުމުގެ ސަބަބުން މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައިވާ ކުއްޖާ މަރުވެއްޖެއެވެ. ލަންޑަނުގެ ދެކުނު އިރުމަތީ ސަރަހައްދުގައި ހިނގި މިހާދިސާގެ ހަބަރު ކަށަވަރުކޮށްދިނީ ސްކޮޓްލަންޑް ޕޮލިސް ޔާޑުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އެލްތަމްގެ އޭ20 މަގުގައި ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. 38 އަހަރުގެ އަންހެނާ ދުއްވަމުންދިޔަ ކާރާ ފުލުހުންގެ އެއްވެސް ނިޝާނެއް ނެތް ކާރެއް ޖެހުމުން ހާދިސާ ހިނގި ތަނަށް ލަންޑަން އެމްބިއުލަންސް ސަރވިސްއާއި، ލަންޑަން ފަޔަރ ބްރިގޭޑާއި، ލަންޑަންގެ އެއަރ އެމްބިއުލަންސް ހިދުމަތް ދިޔައެވެ. އެތަނަށް އެމީހުން ހާޒިރު ވީއިރުވެސް އެކްސިޑެންޓްވީ ކާރު ދުއްވަން އިން އަންހެން މީހާއާއި އޭނާގެ ބަނޑުގައިވާ ކުއްޖާ ވަނީ މަރުވެފައިކަމަށް ފުލުހުން ބުނެއެވެ.

ހާދިސާއާ ގުޅިގެން އެ އަންހެނާގެ އާއިލާއަށް އެކަންވަނީ އަންގާފައިވާ ކަމަށާއި، ހާއްސަ ތަމްރީނު ލިބިފައިވާ އޮފިސަރުން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ފުލުހުން ބުނެއެވެ.

ގްރީންވިޗްގެ ފުލުސް ހިދުމަތުގެ އިސްވެރިޔާ، ޑެޓެކްޓިވް ޗީފް ސުޕްރިންޓެންޑެންޓް ޓްރެވަރ ލޯރީ ވިދާޅުވީ މި ހިތާމަވެރި ހާދިސާގައި އެ އާއިލާއަށް އެމަނިކުފާނުގެ ހިތުގެ އަޑީގެ ހަމްދަރުދީ އޮތް ކަމަށެވެ. އަދި މި ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް މިނިވަން އޮފީހަކުން ކުރަމުންދާ ކަމަށާއި، އެ މަސައްކަތަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާދިސާގައި ފުލުހުންގެ ކާރުގައި ތިބި ދެ އޮފިސަރުންވެސް ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. ނަމަވެސް އެ ދެ އޮފިސަރުންވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

]]>
Sat, 19 Oct 2024 10:31:36 +0500 އެޑިޓަރ
މަންމައާއި ބައްޕަ ދިހަ އަހަރުގެ އަންހެން ދަރިއަކު މަރާލައިފި https://heerasnews.com/2876 https://heerasnews.com/2876

އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި އެކުއްޖާގެ ބައްޕައާއި މަންމަގެ މައްޗަށް ދައުވާ އުފުލައިފިއެވެ. މައްސަލައިގެ ޝަރީއަތް 9 ހަފުތާއަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. 

އިނގިރޭސިވިލާތުގެ ވޯކިންގ ސިޓީގައި ދިރިއުޅެމުންދިޔަ 10 އަހަރުގެ ސާރާ ޝަރީފް މަރާލި މައްސަލައިގައި އޭނާގެ ބައްޕަ އުރްފާން ޝަރީފް (42 އަހަރު)އާއި މަންމަ ބެއިނާޝް ބަތޫލް (30 އަހަރު) ގެ އިތުރަށް ބޮޑުބޭބެ ފައިސަލް މަލިކް (28 އަހަރު) އާ ދެކޮޅަށް ވަނީ ދައުވާ އުފުލާފައެވެ. ދައުވާ ހުށަހަޅައިފައިވާ ތިން މީހުން ވެސް ވަނީ ކުށަށް އިންކާރުކޮށްފައެވެ. 

އޯލްޑް ބެއިލީ ކޯޓުގައި ހިނގަމުންދާ މި މައްސަލައިގައި ބުނެފައިވާ ގޮތުގައި ސާރާ މަރާލާފައިވަނީ ބޮލުގައި ޕްލާސްޓިކް ކޮތަޅު އަޅުވައިގެން ކްރިކެޓް ބެޓަކުން ތަޅައެވެ. މަރުވިއިރު އޭނާގެ ހަށިގަނޑުގައި ފިހުމުގެ ނިޝާންތަކާއި ދަތް އަޅައިފައިވާ ތަންތަނާއި ކަށިތައް ބިނދިފައި ހުރުމާއި ގިނަ އަދަދެއްގެ ޒަހަމުތައް ހުއްޓެވެ.

ސާރާގެ މަރުގެ މައްސަލަ ފުރަތަމަ ހާމަވީ 2023 ވަނަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހުއެވެ. އެއީ އުރްފާން ޕާކިސްތާނުން 999 އަށް ގުޅައި، އޭނާގެ އަމިއްލަ ދަރިފުޅު މަރާލިކަމަށް އިއުތިރާފުވުމާ ގުޅިގެންނެވެ. ފޯނު ކޯލުގައި އުރްފާން ބުނެފައިވަނީ ސާރާ ވޭތުވެދިޔަ 3-4 ހަފުތާގައި "ބަސްނާހާތީ" އޭނާއަށް "އަދަބު" ދީފައިވާ ކަމަށެވެ.

ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި ސާރާ ވަނީ "އަނިޔާވެރިންގެ އަނިޔާތަކަކަށް" ހުށަހެޅިފައެވެ. އަދި އޭނާގެ މޫނުގައި ލިބިފައިވާ އަނިޔާތައް ފޮރުވުމަށްޓަކައި ސްކޫލަށް ހިޖާބު އަޅައިގެން ދިއުމަށް މަޖުބޫރުކުރުވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ސާރާގެ މޫނުމަތީގައި ހުރި ޒަހަމުތައް ފެނިފައިވާ ކަމަށް ސްކޫލުގެ ޓީޗަރުން ވަނީ ބުނެފައެވެ. ހެކިންގެ ގޮތުގައި ހާޒިރުކޮށްފައިވާ އަވަށްޓެރިންގެ ބަހުން އެނގޭ ގޮތުގައި ގޭތެރެއިން ކުޑަކުދިން ރޮއި ހަޅޭއްލަވާ އަޑު އަޑުއިވޭ ކަމަށާއި، އެއަށްފަހު ކުއްލިއަކަށް "މަރުވެފައިވާ ފަދަ" ހަމަހިމޭންކަމެއް އަންނަކަމަށް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. ނެޝަނަލް ސޮސައިޓީ ފޮރ ދަ ޕްރިވެންޝަން އޮފް ކްރުއަލްޓީ ޓު ޗިލްޑްރަން (އެންއެސްޕީސީސީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް ހަތަރު ކުދިން މަރުވަނީ ގޭތެރޭގެ އަނިޔާގެ ސަބަބުންނެވެ. އަދި ގާތްގަނޑަކަށް ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކު ވަނީ ކޮންމެވެސް ބާވަތެއްގެ އަނިޔާއަކަށް ހުށަހެޅިފައެވެ.

ސަރުކާރުން މިފަދަ މައްސަލަތައް ހުއްޓުވުމަށް އެކި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް، ކޮވިޑް-19 ފަދަ ބަލިމަޑުކަމާ ގުޅިގެން ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ވެސް މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ގިނަ މައްސަލަތައް ރިޕޯޓު ނުކުރެވި ހުންނަކަމަށް ވެސް ލަފާކުރެވެއެވެ.

މި ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުންނާއި އަމިއްލަ ޖަމްއިއްޔާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ގާނޫނުތައް ހަރުދަނާކުރުމުގެ މަސައްކަތްތައް އެގައުމުގައި ކުރަމުން ގެންދެއެވެ.

]]>
Fri, 18 Oct 2024 15:32:08 +0500 އެޑިޓަރ
ބިން ލާދިންގެ ދަރިއަކު ޑީޕޯޓް ކޮށްލައިފި! https://heerasnews.com/2850 https://heerasnews.com/2850 އަލްގައިދާގެ ބާނީ އުސާމާ ބިން ލާދިންގެ ދަރިއެއް ކަމަށްވާ އުމަރު ބިން ލާދިން ފްރާންސްއިން ނެރެލައި، އެ ގައުމަށް އަނބުރާ އައުން މަނާކޮށް ޑީޕޯޓްކޮށްފިއެވެ. އޭނާ ޑީޕޯޓް ކޮށްލީ އޭނާ ސޯޝަލް މީޑިއާގައި ޓެރަރިޒަމަށް ތާއީދުކުރާކަމަށް ބެލެވޭ ޕޯސްޓުތަކެއް ކުރުމާ ގުޅިގެންނެވެ.

ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ބްރޫނޯ ރެޓެއިލޯ ވިދާޅުވި ގޮތުގައި އުމަރު ބިން ލާދިން ފްރާންސްއަށް އައުން މަނާކުރާ އަމުރެއްގައި ސޮއިކުރައްވާފައިވާއިރު، އޭނާ މިހާރު ވަނީ ގައުމުން ބޭރުކޮށްފައެވެ. ނަމަވެސް އޭނާ ބޭރުކުރި ތާރީހާއި ފޮނުވާލި ގައުމެއްގެ މައުލޫމާތު ހާމަކުރައްވާފައެއް ނުވެއެވެ.

މިނިސްޓަރ ރެޓެއިލޯ އެކްސް ގައި ވިދާޅުވި ގޮތުގައި "މިސްޓަރ ބިން ލާދިން ވަނީ އޯން ސަރަޙައްދުގައި އެތައް އަހަރެއް ވަންދެން އިނގިރޭސި އަންހެނަކާ އިނދެގެން ދިރިއުޅެމުން އައިސްފައެވެ. އޭނާ ވަނީ 2023 ވަނަ އަހަރު އޭނާގެ ސޯޝަލް މީޑިއާގައި ޓެރަރިޒަމަށް ތާއީދުކުރާ ޕޯސްޓުތަކެއް ކޮށްފައެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ މިސްޓަރ ބިން ލާދިން އެއްވެސް ސަބަބަކާ ހުރެ ފްރާންސްއަށް އަނބުރާ ނާދެވޭނެކަން މި އިދާރީ މަނާ ކުރުމުން ޔަގީން ކޮށްދޭ ކަމުގައެވެ.

ލޯކަލް ހަފްތާ ނޫސް "ލަ ޕަބްލިކެޓޫރް ލިބްރް" އިން ބުނާ ގޮތުގައި ބިން ލާދިން ފްރާންސްގެ އޮތޯރިޓީ ތަކުގެ ސަމާލުކަމަށް އައީ އޭނާގެ ބައްޕަގެ އުފަން ދުވަހާ ގުޅިގެން ކުރި ސޯޝަލް މީޑިއާ ޕޯސްޓަކާ ހުރެއެވެ. އުސާމާ ބިން ލާދިން މަރާލީ 2011 ވަނަ އަހަރު އެމެރިކާގެ ބާރުތަކުންނެވެ.

ލޯކަލް ހަފްތާ ނޫސް "ލަ ޕަބްލިކެޓޫރް ލިބްރް" ނޫހުން 2023 ވަނަ އަހަރުގެ ޖުލައި މަހު ރިޕޯޓުކުރި ގޮތުގައި ފުލުހުން ވަނީ ނޯމަންޑީގެ ޑޮމްފޯޓް ރަށުގައި ބިން ލާދިން ހޯދުމަށް މަސައްކަތްކޮށްފައެވެ.

]]>
Wed, 09 Oct 2024 19:52:04 +0500 އެޑިޓަރ
އިނގިރޭސި ޓެކް ޓައިކޫން މައިކް ލިންޗް އަދިވެސް ނުފެނޭ https://heerasnews.com/2707 https://heerasnews.com/2707 ސިސިލީގެ ތޫފާނުގައި ޔޮޓް އަޑިއަށް ދިއުމުން ގެއްލިފައިވާ އިނގިރޭސި ޓެކް ޓައިކޫން މައިކް ލިންޗް އާއި މޯގަން ސްޓެންލީ އިންޓަނޭޝަނަލްގެ ވެރިޔާ އަދިވެސް ނުފެނެއެވެ. އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަދެއެވެ.

އަޑިއަށް ދިޔަ މައިކް ލިންޗްގެ ޔޮޓް ހޯދުމުގެ މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގެ މެރިން އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗުންނެވެ. ސިސިލީގެ ކަނޑުގެ ސަރަހައްދު ހޯދުމުގައި ހޮހަޅަ ޑައިވަރުން (ކޭވް ޑައިވާރސް) ގެ ޓިމެއްވެސް ބައިވެރިވެފައިވެއެވެ.

"ބަޔެސިއަން" ޔޮޓް އަޑިއަށް ދިޔައީ ބާރުގަދަ ތޫފާނެއްގައި އައި ނަގޫރޯޅިއެއްގައި ޖެހިފައި ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސިސިލީ ކަނޑުގެ ސަރަހައްދުގައެވެ.

22 މީހުން ގޮވައިގެން ދަތުރުކުރި މި ޔޮޓުން މިހާތަނަށް އެކަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައިއެވެ. ހަ މީހަކު ވަނީ ގެއްލިފައެވެ. ދެން ތިބި މީހުން ސަލާމަތް ކޮށްފައިވަނީ ކައިރިން ދިޔަ ދޯންޏަކުންނެވެ.

ސިސިލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީގެ ވެރިޔާ ވިދާޅުވާ ގޮތުގައި ގެއްލިފައިވާ މީހުންގެ ތެރޭގައި އިނގިރޭސި ޓެކް ޓައިކޫން މައިކް ލިންޗް އާއި މޯގަން ސްޓެންލީގެ ވެރިޔާއާއި އިނގިރޭސި ލޯ ފާމް ކްލިފް ޗާންސްގެ ވަކީލަކު ހިމެނެއެވެ.

ހަދިސާގައި މިހާތަނަށް ސަލާމަތް ކުރެވުނު އަށް މީހުން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖެއް ވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި  މި ދަތުރަކީ މިސްޓަރ ލިންޗްގެ މައްޗަށް ކުރިއައްދިޔަ މަކަރާއި ހީލަތުގެ ތުހުމަތުގެ މައްސަލަ އޭނާ ކާމިޔާބުކޮށް މިކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން އޭނާގެ ވަކީލުންނާއި ރައްޓެހިންނަށް ބޭއްވި ދަތުރެކެވެ.

]]>
Wed, 21 Aug 2024 07:44:28 +0500 އެޑިޓަރ
ޕޫޓިން ހުވާކުރުން ބޮޑެތި ގައުމުތަކަކުން ބޮއިކޮޓް ކުރަނީ https://heerasnews.com/2451 https://heerasnews.com/2451 އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ރަޝިޔާގެ ރައީސް ކަމަށް ވްލަޑިމިއާ ޕޫޓިން ރައީސްކަމަށް އަކުން އިންތިހާބުވެގެން ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތަށް މަންދޫބުން ނުފޮނުވާނެ ކަމަށް ބުނެފިއެވެ.

އުމުރުން 71 އަހަރުގެ ޕޫޓިން ވަނީ މާޗް މަހު ރަޝިޔާގައި ބޭއްވި އިންތިހާބުގައި ފަސް ވަނަ ދައުރަކަށް އިންތިހާބުވެފައެވެ. އޭނާއަށް 87.28 ޕަސެންޓް ވޯޓު ލިބުނީ އޭނާގެ އެންމެ އަޑުގަދަ ކްރިޓިކް އެލެކްސީ ނަވަލްނީ އާކްޓިކް ޖަލެއްގައި ކުއްލިއަކަށް މަރުވިތާ ހަފްތާތަކެއް ފަހުންނެވެ.

"ރައީސް ޕޫޓިންގެ ހުވާ ކުރެއްވުމުގައި އަޅުގަނޑުމެންގެ މަންދޫބެއް ނުހުންނާނެ" ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. އެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަމަށް ނުދެކޭ ނަމަވެސް ޕޫޓިން އަކީ ރަޝިޔާގެ ރައީސް ކަމަށާއި އެ މަގާމުގައި އޭނާ ދެމިހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާ، އަދި ހާއްސަކޮށް އެގައުމުގެ ޖިނާއީ ލީޑަރު އެކަހެރިކުރުން ކުރިއަށް ގެންދަން ޖެހޭކަމަށް ލިތުއޭނިއާގެ ފޮރިން މިނިސްޓަރު ގެބްރިއެލިއަސް ލެންޑްސްބަރޖިސް ވެސް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު، ޕޫޓިންގެ ވެރިކަމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ ލިތުއޭނިއާއަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެ ގައުމުން އިސްކަން ދެނީ ރަޝިޔާގެ އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ ޔޫކްރޭނާއި އެގައުމުގެ ރައްޔިތުންނަށް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ގިނަ ގައުމުތަކަކުން ރަޝިޔާ ބޮއިކޮޓް ކުރަން ފެށީ ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. ބޮއިކޮޓް ކުރި ނަމަވެސް، ފްރާންސް، ހަންގޭރީ އަދި ސްލޮވާކިއާ އިން މި ރަސްމިއްޔާތަށް މަންދޫބުން ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް ނަން ނުޖެހުމަށް އެދުނު ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރެއެވެ.

]]>
Wed, 08 May 2024 00:29:34 +0500 އެޑިޓަރ
ބޯޓެއް އަޑިއަށް ގޮސްގެން 41 މީހުން މަރުވެއްޖެ https://heerasnews.com/1731 https://heerasnews.com/1731 އިޓަލީގެ ލަމްޕެޑޫސާ ޖަޒީރާއެއްގެ ކައިރިން ބޯޓެއް އަޑިއަށް ގޮސް 41 މީހުން މަރުވެފައިވާ ކަމަށް ސަލާމަތްވި މީހުން ބުނެފިއެވެ.

މި ކާރިސާއިން ސަލާމަތްވީ އެންމެ ހަތަރު މީހުން މީހުންނެވެ. އެއީ  13 އަހަރުގެ ފިރިހެން ކުއްޖަކާއި ދެ ފިރިހެނަކާއި އަންހެނަކުއެވެ.

ސަލާމަތްވި މީހުން ބުނި ގޮތުގައި އެ މީހުން ތިބީ ތިން ކުޑަކުދިން ހިމެނޭ ގޮތަށް 45 މީހުންނާއެކު ދަތުރުކުރި ދޯންޏެއްގައި ކަމަށެވެ.

އެމީހުން ބުނި ގޮތުގައި ގާތްގަނޑަކަށް 7 މީޓަރު (20 ފޫޓު) ދިގު މި ދޯނި މި ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސްފަކްސް އިން ފުރައިގެން ދިޔަ ތަނާ ގަޑިއެއްހާއިރު ތެރޭގައި ބޮޑު ރާޅެއް ޖެހުމަށް ފަހު އަޑިއަށް ދިޔައީ ކަމަށެވެ.

އުތުރު އެފްރިކާއިން ޔޫރަޕަށް ކަނޑު ހުރަސްކޮށް ދަތުރުކުރި މީހުންގެ ތެރެއިން މި އަހަރުގެ މިހާތަނަށް 1800 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

 

 

 

 

 

]]>
Wed, 09 Aug 2023 23:43:57 +0500 ނާއިރާ
އަންހެނެއް ސިންގާއެއް ކަމަށް ޝައްކު ކުރެވޭ ޖަނަވާރެއް ހޯދަނީ https://heerasnews.com/1653 https://heerasnews.com/1653 ޖަރުމަނުގެ ފުލުހުން ދަނީ ބާލިންގެ ބޭރުން ފެނުނު އަންހެން ސިންގާއެއް ކަމަށް ބެލެވޭ އެއްޗެއް ހޯދުމަށް ހެލިކޮޕްޓަރާއި ޑްރޯން އަދި އިންފްރާރެޑް ކެމެރާ ބޭނުންކުރަމުންނެވެ.

މިމަސައްކަތް ކުރަންފެށީ އެހިސާބުން ވަލު ބުޅަލެއްގެ ފަހަތުން އަންހެން ސިންގާއެއް ދުވަމުން ދިޔަތަން ގިނަ ބަޔަކަށް ފެނިގެން ރިޕޯޓު ކުރުމުންނެވެ.

މި ސިންގާ ހޯދުންށް ދެ ހެލިކޮޕްޓަރާއި ފުލުހުންގެ 30 ވެހިކަލާއި 100 ފުލުހުން ހިމެނޭ ކޮންވޯއީއެއް ހިމެނޭ ގޮތަށް ބޮޑު ސަރޗްއެއް ދަނީ ކުރަމުންނެވެ.

މި ވަލު ޖަނަވާރު އައީ ކޮންތާކުން ކަމެއް މި ވަގުތު  ބުނެދޭކަށް ނޭގޭކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ. އަދި ޒޫތަކާއި، ޖަނަވާރު ޕާކްތަކާއި، ޖަނަވާރު ގެންގުޅޭ އެހެނިހެން ތަންތަން ޗެކްކޮށް، ސުވާލުތައް ކުރިނަމަވެސް އެއިން އެއްވެސް ފެސިލިޓީއަކުން މިބާވަތުގެ އެއްވެސް ޖަނަވާރެއް ގެއްލިފައެއް ނުވާކަމަށް އޭނާ ބުނެފައިވެއެވެ.

މިހަބަރު ލިބުމާއެކު ފުލުހުން ވަނީ ބާލިންގެ ބައެއް ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ގޭތެރޭގައި ތިބުމަށް އަންގާފައެވެ.

 

]]>
Fri, 21 Jul 2023 14:30:18 +0500 ނާއިރާ
ސްވިޑްން ބަހުން ގުރުއާނުގެ 100،000 ކޮޕީ https://heerasnews.com/1625 https://heerasnews.com/1625 ސްވިޑެން ބަހަށް ތަރުޖަމާކޮށްފައިވާ ގުރުއާނުގެ 100،000 ކޮޕީ ޗާޕުކުރަން ކުވައިތުން ނިންމާފައިވާކަމަށް އިއުލާންކޮށްފިއެވެ.

މި އިސްނެގުމުގައި އިސްކޮށް އުޅުއްވީ ކުވައިތުގެ ބޮޑުވަޒީރު ޝެއިޚް އަހުމަދު ނަވާފް އަލް އަހުމަދު އަލް ސަބާހުއެވެ. އޭނާ ވަނީ ޕަބްލިކޭޝަން ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

މި ޕްލޭންގެ މަޤްޞަދަކީ ސްވިޑެންގެ ރައްޔިތުންނަށާއި އެހެން ޖަމާޢަތްތަކަށް ސުލްޙައާއި ހަމަޖެހުމުގެ އިސްލާމީ ރިވެތި މެސެޖު ފޯރުކޮށްދިނުމެވެ.

މި ނިންމުމަށް ނިންމާފައި ވަނީ އަޟްހާ އީދުގެ ފުރަތަމަ ދުވަހު ޖޫން މަހުގެ 28 ވަނަ ދުވަހު އިރާގުގެ ރައްޔިތަކު ސްވިޑެންގައި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ހާދިސާއާގުޅިގެންނެވެ.

ސްވިޑެން ބަހުން ތަރުޖަމާކޮށްފައިވާ ޤުރުއާން ޝާއިޢުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެން ދާނެއެވެ. އަދި މި ކޮޕީތައް މުޅި ސްވިޑެންގެ މިސްކިތްތަކާއި، ލައިބްރަރީތަކާއި، ސްކޫލްތަކާއި، އަދި އެހެނިހެން މުއައްސަސާތަކަށް ބަހާލެވިގެން ދާނެއެވެ.

]]>
Tue, 11 Jul 2023 23:31:14 +0500 ނާއިރާ
ޕްރިންސް ވިލިއަމް ޔޫޓިއުބްއާއި އެކު ޕާޓްނަރޝިޕް ހަދަނީ https://heerasnews.com/1479 https://heerasnews.com/1479 ޕްރިންސް ވިލިއަމް އޭނާގެ އާރތްޝޮޓް ޕްރައިޒް ކޮންޓެންޓް އުފެއްދުމަށް ޔޫޓިއުބާއި އެކުގައި ރަސްމީކޮށް ޕާޓްނަޝިޕް ހަދާފައިވާކަން އިއުލާންކޮށްފިއެވެ.

އުމުރުން 40 އަހަރުގެ ޕްރިންސް އޮފް ވޭލްސް ވަނީ 'ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ގޮންޖެހުންތަކަށް އާދަޔާ ހިލާފު ހައްލުތަކެއް ހޯދުމަށް' 2020 ވަނަ އަހަރު އާރތްޝޮޓް އިނާމު ގާއިމްކޮށްފައެވެ.

މިހާރު އިއުލާން ކޮށްފައިވާ ގޮތުގައި، ދެ އަހަރުގެ ޕާޓްނަޝިޕެއްގެ ތެރެއިން، ދަ އާރތްޝޮޓް ޕްރައިޒް އިން ޔޫޓިއުބްއާ ގުޅިގެން މަސައްކަތް ކުރާނީ 'ދުނިޔޭގެ އެކި ކަންކޮޅު ތަކުން އަވަސް އަދި ވަރަށް އުންމީދީ ވާހަކަ ތަކާއެކު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫޒަރުން ޝައުގުވެރި ކުރާ' ކޮންޓެންޓް އުފެއްދުމެވެ.

ކޮންޓެންޓްގެ ތެރޭގައި ހިމެނެނީ ކުދިކުދި ޑޮކިއުމެންޓްރީ ތަކާއި ޔޫޓިއުބް ޝޯޓްސް އާއި ކްރިއޭޓަރުންގެ ކޯލަބްރޭޝަންތަކުގެ އެވޯޑްތައް ލިބޭ ފައިނަލިސްޓުންނާއެކު ސުވާލާއި ޖަވާބުތަކެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ މެދު ޝައުގުވެރިވާ ޒުވާން އަދި ބައިނަލްއަގްވާމީ ބެލުންތެރިންނާ ހަމައަށް އިނާމު ފޯރުކޮށްދިނުމަށް ވެސް އެ ޖަމިއްޔާއިން މަސައްކަތް ކުރާނެއެވެ.

ވިލިއަމްގެ އެންވަޔަރަންމަންޓަލް އެވޯޑް މިފަހަރު އޮތީ މި އަހަރުގެ ފަހުކޮޅު ސިންގަޕޫރުގައެވެ. މި އިވެންޓުގެ ތެރެއިން ދަ އާރތްޝޮޓް ޕްރައިޒް 2023 ގެ ފަސް ފަރާތަކަށް އެއް މިލިއަން ޕައުންޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

]]>
Fri, 02 Jun 2023 21:04:46 +0500 ނާއިރާ
މުޒާހަރާ ކުރި 1500 މީހުން ހައްޔަރުކޮއްފި https://heerasnews.com/1469 https://heerasnews.com/1469 ނެދަރަލޭންޑްސްގައި އެކްސްޓިންކްޝަން ރިބެލިއަން އިން އިންތިޒާމްކޮށްގެން ފޮސިލް ފިއުލް ސަބްސިޑީތައް ހުއްޓާލުމަށް ގޮވާލާ މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށް ފިއެވެ. މޫސުމާބެހޭ މި މުޒާހަރާގައި ބައިވެރިވި 1500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރީ ހޭގްގް ގެ ބޮޑު މޮޓޯވޭއެއް ބަންދު ކުރުމަށް ފަހުގައެވެ. 

އެއްވެ ތިބި މީހުން ރޫޅާލަން މަސައްކަތް ކުރުމަށް ފުލުހުން ބޭނުންކުރީ ފެން ބޮމެވެ. އެކަމަކު މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ތިބީ ވިސްސާރަކޯޓާއި ސްވިމްސޫޓް ލައިގެން މިކަހަލަ ހުރިހާ ކަމަކަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހައްޔަރުކުރި ގިނަ މީހުން ދޫކޮށްލި ނަމަވެސް 40 މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ހޮނިހިރު ދުވަހު އޮތް މޫސުމާބެހޭ މި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި ޑަޗް މަޝްހޫރު ބައެއް ފަރާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޓީވީ ސީރީޒް ގޭމް އޮފް ތްރޯންސްގައި މެލިސަންޑްރޭގެ ރޯލުން މަޝްހޫރު ވެފައިވާ ބަތަލާ ކެރިސް ވެން ހައުޓެން ހިމެނެއެވެ. ކެރިސް ހައްޔަރުކުރި ނަމަވެސް ފަހުން އެނބުރި ގައުމަށް ދިއުމުގެ ހުއްދަ އޭނާއަށް ދީފައިވާ ކަމަށް ޑަޗް ނޫސް އެޖެންސީ އިން ބުނެފައިވެއެވެ.

އެކްސްޓިންކްޝަން ރިބެލިއަން އިން ތުހުމަތު ކުރި ގޮތުގައި ފުލުހުން ފެން ބޮން ބޭނުންކުރީ ބަންދުކުރަން ފެށިތާ 15 މިނެޓް ފަހުންނެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ ފެން ބޮން ބޭނުން ކުރުމުގެ ކުރިން އެކްޓިވިސްޓުންނަށް އެތަން ދުކޮއްލާފަ ދިއުމަށް ވަގުތު ދީފައިވާނެ ކަމަށެވެ. ހައްޔަރު ކޮއްފައި ވަނީ އެތަނުން ދުރައްދާން ބުނުމުން އެ އަމުރަށް ތަބާނުވި 1،579 މީހުން ކަމަށް ފުލުހުން ބުނެއެވެ.

ޑަޗް ޕީޖީ ސާވިސް އިން ބުނެފައި ވަނީ ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ދައުވާ ނުކުރާނެކަމަށެވެ. ސަބަބަކީ އެކަމަކީ  ކުޑަ ކުށެއް ކަމަށާއި ހައްޔަރު ކުރުމުގެ މައިގަނޑު މަގުސަދަކީ ބްލޮކޭޑް ނިމުމަކަށް ގެނައުން ކަމަށެވެ.

]]>
Wed, 31 May 2023 00:36:02 +0500 ނާއިރާ
އެލްޖީބީޓީއާއި ދެކޮޅަށް އެކަހެރިވެއްޖެ https://heerasnews.com/1386 https://heerasnews.com/1386 މޮނާކޯ އާއި ލީލްގެ ކުޅުންތެރިން 14 މެއި 2023 ގައި ކުޅުނު  މެޗް ފެށިގެން ދިޔައީ "ގޭ ނުވަތަ ސްޓްރެއިޓް " އަހަރެމެން އެންމެން ލައިގެން އުޅެނީ އެއް ޖާޒީ" ލިޔެފައިވާ ބެނާއެއް ހިފައިގެންނެވެ.

ޓޫލޫސްގެ ބައެއް ކުޅުންތެރިން ލީގު 1 ގައި އާދީއްތަ ދުވަހު ނަންޓޭސްއާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ ބާކީ ކޮއްފައިއެވެ. އެއީ އެމީހުން މިފަހަރު ލީގުގައި ސަޕޯޓުކުރާ އެއް ޝިޔާރެއްކަމަށް ވާ ހޯމޯފޯބިޔާއަށް ތާއީދު ކުރުމަށް އެއްބަސް ނުވާތީއެވެ.

މި އިޝާރާތަކީ 17 މެއިގައި ބޭއްވޭ ދުނިޔޭގެ "ޑޭ އެގޭންސް ހޯމޯފޯބިއާ، ޓްރާންސްފޯބިއާ އެންޑް ބައިފޯބިއާ "އަށް އެހީތެރިވުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.

އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްބައި ކުޅުންތެރިން "އެލްޖީބީޓީ" ހަރަކާތް ތަމްސީލުކުރާ ރެއިންބޯ ކުލަތަކާ އެމީހުންގެ ތަސްވީރު ގުޅުވާލުމާ މެދު ޚިޔާލުތަފާތުވުން ފާޅުކުރި" ކަމަށެވެ.

މިގޮތުން ޓޫލޫސް އާއި މޮރޮކޯގެ ފޯވާޑް ޒަކަރިއާ އަބޫކްލާލް، އިދްރީސާ ގުއޭ އާއި ނަންޓޭސްގެ މުސްތަފާ މުހައްމަދު ވެސް ވަނީ "އެލްޖީބީޓީ" އިސްތިހާރު  ކުރާ އެއްވެސް އެއްޗެއް ލައިގެން މެޗްތައް ނުކުޅުމަށް ނިންމާފައެވެ.

]]>
Mon, 15 May 2023 16:20:36 +0500 ނާއިރާ
ސާބިއާގައި އަނެއްކާ ބަޑިޖަހައިގެން 8 މީހުން މަރައިފި https://heerasnews.com/1343 https://heerasnews.com/1343 ސާބިއާގައި ސްކޫލްކުދިން ތަކެއްގެ ގަޔަށް ބަޑިޖެހުމުގެ ހަމަލާއަށް ފަހު އަނެއްކާވެސް ބަޑި ޖެހުމުގެ އިތުރު ހަމަލާއެއް ހިނގައިފިއެވެ.

ބެލްގްރޭޑްގެ ދެކުނުގައި އޮންނަ އަވަށެއްގައި ކާރެއްގައި ދުއްވަމުން ދިޔަ މީހަކު، މަގުމަތިން ދިޔަ ބައެއްގެ ގަޔަށް ބަޑިޖަހާ 8 މީހަކު މަރުވެފައިވާއިރު، 14 މީހަކު ޒަހަމްވެފައިވެއެވެ. މިއީ މިފަދަ ހިތާމަވެރި ހާދިސާތައް މަދުން ނޫނީ ނުފެންނަ ސާބިއާގައި ހަފްތާއެއްގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ދުއްވަމުން ހަމަލާ ދިނުމުގެ އަމަލެއް ހިންގާފައި މިވަނީ ބުދަ ދުވަހު ސްކޫލު ކުއްޖަކު ބަޑިޖަހައި އަށް ކުދިންނާއި ސެކިއުރިޓީ ގާޑަކު މަރާފައި ވަނިކޮށެވެ.

ބުރާސްފަތި ދުވަހުގެރޭ ބަޑިޖެހުން ހިނގާފައި ވަނީ ވެރިރަށް ބެލްގްރޭޑްގެ ދެކުނުން 50 ކިލޯމީޓަރު (30 މޭލު) ދުރުގައި އޮންނަ މްލަޑެނޮވާޗް ކައިރީގައެވެ.

ދައުލަތުގެ އާރުޓީއެސް ޓީވީން ބުނިގޮތުގައި ބަޑިޖެހި ކަމަށް ޝައްކު ކުރެވޭ އުމުރުން 21 އަހަރުގެ މީހާ ފުރަތަމަ ބަޑިޖަހާފައި ވަނީ ދޫބޯނާ އަވަށުގެ ސްކޫލް ގޯތިތެރެއަށް ކަމަށާއި އެ ސަރަހައްދުގައި އޭރު ހަރަކާތްތެރިވި އެހެން މީހުންނާ އެކު ފުލުހަކާއި އޭނާގެ ކޮއްކޮ މަރާލާފައިވާ ކަމަށެވެ. ދެން އެއަށްފަހު ބަޑިޖެހި މީހާ ދިޔައީ ކައިރީގައި އޮންނަ މާލީ އޮރާސްޖޭ އާއި ސެޕްސިން ރަށްތަކަށެވެ.

ޑޫބޯނާގެ ރައްޔިތެއް ކަމަށްވާ ޒްވޮންކޯ މްލަޑެނޮވިޗް ނިއުސްތަކަށް ކިޔައިދިން ގޮތުގައި އަހަރެމެންނަށް ހަވީރު ބަޑިޖަހާ އަޑު އިވުނު ނަމަވެސް އަހަރެން ހީކުރީ އެއީ ފަޔަރވޯކްސް ކަމަށް. ކުޑަކުދިން މޮޔަކަމުން ކުރާކަމެއް ކަމަށް. މިކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް އަހަރެންގެ ހިތަކަށް ވެސް ނާރާ،”

ފުލުހުން ވަނީ މިހާރު ބަޑިޖަހަމުން ދިޔަ މީހާ ހައްޔަރުކޮފައެވެ. ފުލުހުން ބުނާގޮތުގައި މިމީހާ ހައްޔަރުކޮފައިވަނީ ފިލައިގެން އުޅެނިކޮށް ސެންޓްރަލް ސިޓީ އެއް ކަމަށްވާ ކްރަގުޖެވާކް ކައިރިން ކަމަށާއި ހަމަލާތައް ދިން ތަނާއި ގާތްގަނޑަކަށް 90 ކިލޯމީޓަރު (56 މޭލު) ދުރުން ކަމަށެވެ. އޭނާ ހައްރު ކޮށްފައިވަނީ އޭނާގެ އާއިލާގެ މީހެއް ގެއިންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހަތަރު ބޮމާއި ގިނަ އަދަދެއްގެ ގަވާއިދާ ހިލާފު ހަތިޔާރާއި ވަޒަންތަކަކާއި އެއްކޮށެވެ.

ސާބިއާގެ އިންޓީރިއާ މިނިސްޓަރު ބްރެޓިސްލާވް ގާސިޗް ވަނީ މި ބަޑިޖެހުމަކީ "ޓެރަރިސްޓް އަމަލެއް" ކަމަށް ވިދާޅުވެފައެވެ.

]]>
Sun, 07 May 2023 13:56:53 +0500 ނާއިރާ
13 އަހަރުގެ ކުއްޖަކު އޭނާގެ ކުލާސް ކުދިންތަކެއް މަރާލައިފި https://heerasnews.com/1342 https://heerasnews.com/1342 ސާބިއާގެ ވެރިރަށް ބެލްގްރޭޑްގެ ސްކޫލެއްގައި މިދިޔަ ބުދަ ދުވަހު 13 އަހަރުގެ ކުއްޖަކު އޭނާގެ ކުލާސް ކުދިން ގަޔަށް ބަޑިޖަހައި ބަލްކަންގެ އެ ގައުމު ހިތާމައެއްގެ ތެރެއަށް ވައްޓާލައިފިއެވެ. މި ބިރުވެރި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ ހެދުނު ކްލާސްތައް ކުރިއައްގެން ދަނިކޮށް، ސާބިއާގެ ވެރިރަށުގެ މަޝްހޫރު ސްކޫލެއް ކަމަށްވާ ރިބްނިކާ އެލިމެންޓަރީ ސްކޫލުގައެވެ.

މައުލޫމާތު ލިބިފައިވާގޮތުން ސްކޫލަށް މި ކުއްޖާ ވަނުމަށް ފަހު ވަގުތުން ދަބަހުން ފިސްތޯލަ ނަގައި ސްކޫލްގެ ސެކިއުރިޓީ ގާޑެއް ކަމަށްވާ ބެލްގްރޭޑްގެ ފުލުހުންގެ ޗީފް ވެސެލިން މިލިޗް ގަޔަށް ބަޑިޖަހާފައިވެއެވެ. މިކުއްޖާ ދެން ގޮސް ޑިއުޓީގައި ހުރި ސްޓާފް މެމްބަރު ކައިރިއަށް ގޮސް އޭނާގެ މޭޒު ކައިރީގައި އިށީނެވެ. ވަރަށް ހަމަޖެހިލައިގެން އިށީދެގެން އިދެފައި އޭނާގެ މޭޒުކައިރީގައި އިން އަންހެން ކުއްޖާއާއި ޕިއާނޯއެއްގެ ކައިރީގައި ހުރި އަންހެންކުއްޖާގެ ފުރާނަ ދުއްވާލިއެވެ.

އެއަށްފަހު މި ކުއްޖާ ބަޑިޖަހަމުން ކޮރިޑޯއިން ފައިބައިގެން ހިސްޓްރީ ކުލާހާއި ދިމާލަށް ދިޔައެވެ. ކުލާސްއަށް ނުވަދެ  ދޮރުކުރިމަތިން ޓީޗަރާއި އޭނާގެ އެކުވެރި ދަރިވަރުން ތަކަކަށް ބަޑިޖަހިއެވެ. އެޔައްފަހު ކްލާސްރޫމުން ނުކުމެ، ސިޑިދަށަށް ހަތިޔާރު އެއްލާލަމުށް ފަހު ސްކޫލް ގޯތިތެރެއައް ގޮސް އޭނާ އަމިއްލައަށް ފުލުހުންނަށް ގުޅައިގެން ހައްޔަރު ކުރެވެންދެން އެތާ މަޑުކޮށްލައިގެން ހުރިކަމަށް އޮފިޝަލުން ބުންޏެވެ.

މި ހާދިސާގައި ހަތް އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު މަރުވެފައިވާ ކަމަށް ވެއެވެ. އިތުރު ހަ ކުދިންނާއި ޓީޗަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ސާބިއާގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒުން ބުނެފައިވެއެވެ. އޭނާގެ އަތުގައި ދެ ބަޑި އޮތް ކަމަށް ސާބިއާގެ އިންޓީރިއާ މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

މި ބަޑިތައް އެ ކުއްޖާ ހޯދައިފައިވަނީ އެ ކުއްޖާގެ ބެލެނިވެރިޔާ ހަތިޔާރުތައް ރައްކާކޮފައިހުރި ތިޖޫރީގެ ކޯޑު ބްރޭކުކޮއްގެނެވެ. މި ކުއްޖާ އަތުގައި އޮތް 3 ފުރޭމުގެ ތެރެއިން ކޮންމެ ފްރޭމެއްގައި 15 ވަޒަން ފުރިފައިވާ ވާކަމަށް ކަމާބެހޭފަރާތްތަކުން މައުލުމާތު ދީފައިވެއެވެ. މި މައްސަލާގަ މި ކުއްޖާގެ މައިބަފައިންވެސް ވަނީ ހައްޔަރުކޮއްފައެވެ.

ޕީޖީ އޮފީހުން ވަނީ ފިރިހެން ކުއްޖާގެ ލޭ ޓޮކްސިކޮލޮޖިކަލް އެނަލިސިސްއަށް ނަގާފައިއެވެ. އެއީ ބަޑިޖެހި ވަގުތު ބަނގުރާ، މަސްތުވާތަކެތި ނުވަތަ އެހެން ސައިކޯއެކްޓިވް މާއްދާތަކެއްގެ ނުފޫޒުގައި ހުރިތޯ ބެލުމަށް ކަމަށް މައުލޫމާތުލިބެއެވެ.

]]>
Sun, 07 May 2023 13:34:42 +0500 ނާއިރާ
ރަސިޔާ ޔޫކުރޭން ހަނގުރާމައިގެ އަދާހަމަ https://heerasnews.com/1322 https://heerasnews.com/1322 ޔޫކްރޭންގެ އިރުމަތީ ޑޮންބާސް ސަރަހައްދުގައި އޮންނަ ސްލޮވިއަންސްކަށް ރަޝިޔާއިން ދިން ބޮމުގެ ހަމަލާތަކުގައި 11 މީހަކު ވަރުވެއްޖެއެވެ. އޭގެ ތެރޭގައި ދެ އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ގަވަރުނަރު ޕަވްލޯ ކައިރިލެންކޯ ވިދާޅުވީ އެ މީހުންގެ މައިރެސިޑެންޝަލް ޑިސްޓްރިކްޓަކަށް ދިން ހަމަލާގައި ގާތްގަނޑަކަށް 21 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ގަވަރުނަރު ކައިރިލެންކޯ އިތުރަށް ވިދާޅުވީ އިތުރު ބައެއް މީހުން ގެއްލިފައިވާ ކަމަށެވެ. އެމީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވެދާނެ ކަމަށް ބެލެވޭކަމަށް ވެސް އެނާ ލަފާ ކުރެއްވިއެވެ. ސޯޝަލް މީޑިއާއަށް ކުރެއްވި ޕޯސްޓެއްގައި ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ އެއީ އަނިޔާވެރި އަދި ނުބައި ހަމަލާއެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފައެވެ.

"ނުބައި ދައުލަތުން އަނެއްކާވެސް އޭގެ ޖާޒުބިއްޔަތު ދައްކުވައިދެނީ،" ޓެލެގްރާމްގައި އޭނާ ލިޔުއްވާފައިވެއެވެ. ޒެލެންސްކީ ވިދާޅުވާ ގޮތުގައި އެއީ "ދުވާލު އަލިކަމުގައި މީހުން މަރާލުން އަދި ހުރިހާ ދިރުމެއް ހަލާކުކޮށް، ފަނާކޮށްލުން."އެވެ.

އޮފިޝަލުން ކަށަވަރުކޮށްދިން ގޮތުގައި މަރުވި މީހުންގެ ތެރެއިން އެކަކީ އުމުރުން ދެ އަހަރުގެ ކުޑަކުއްޖެކެވެ. ޒެލެންސްކީގެ ސީނިއާ އެޑްވައިޒަރަކު ވިދާޅުވީ ކުއްޖާ ދިރިހުއްޓާ އިމާރާތްތަކުގެ ތެރެއިން ދަމައިގަތް ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު އެމްބިއުލާންސްގައި މަރުވެފައިވާ ކަމަށެވެ.

ގަވަރުނަރު ކައިރިލެންކޯ ވިދާޅުވީ ހަމަލާތަކުގައި ފަސް ގެއަކާއި ފަސް ބްލޮކެއްގެ ފްލެޓްތަކަށް ގެއްލުން ލިބިފައިވާއިރު، ވިޔަފާރިތަކަށާއި ފިހާރަތަކަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ހަމަލާ ދީފައިވަނީ ރީޕާޕަސްޓް އެސް-300 މިސައިލްތައް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.

ގޮވުމެއް ހިނގި ސަރަހައްދުގައި ސަލާމަތްވި މީހުން ހޯދުމަށް ސަލާމަތީ މަސައްކަތްތެރިން މަސަތްކަތް ކުރަމުން ދިޔައިރު، މަގު ހުރަސްކޮށް ހުރި އިމާރާތަކުން ކަޅު ދުންތައް އަރަމުންމުން ދިޔަތަން އޭއެފްޕީގެ ނޫސް އެޖެންސީގެ ނޫސްވެރިންނަށް ފެނިފައިވެއެވެ. އެމީހުން ބުނި ގޮތުގައި ކުޅިވަރު ކުޅޭ ސަރަހައްދެއް ހިމެނޭ މަގެއް މަތީގައި ސްކޫލް ފޮތްތަކާއި ކުޑަކުދިންގެ ކުރެހުންތަކުގެ ބުރައިގެން ގޮސްފައިވާ ޞަފްޙާތައް ހިމެނޭ ގޮތަށް ކުނިތައް ގިނަ ކަމަށެވެ. މީގެ ކުރިން އަންޑްރީ ޔަރްމަކް - މިސްޓަރ ޒެލެންސްކީގެ އަމިއްލަ އޮފީހުގެ ވެރިޔާ - ވިދާޅުވީ އެސަރަހައްދުގައި ހަތް ގޮވުމުގެ އަޑު އިވިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ގޮވުން ހިނގާފައިވަނީ ސްކޫލެއް ކައިރީގައި ކަމަށެވެ.

ޔޫކްރޭނުން އަދިވެސް ސްލޮވިއަންސްކް ކޮންޓްރޯލް ކުރާއިރު، އެ ސިޓީ އޮތީ ރަޝިޔާގެ ނުރައްކާ ހަމަލާއެއްގެ މަރުކަޒަކަށް ވެފައިވާ ބަޚްމުތުގެ ހުޅަނގު އުތުރުން އެންމެ 27 މޭލު (45 ކިލޯމީޓަރު) ދުރުގަ އެވެ.

މިދިޔަ ހޫނު މޫސުމުން ފެށިގެން ރަޝިޔާއިން އެ ސިޓީ ހިފުމަށް މަސައްކަތް ކުރަމުން އަންނައިރު، ހުކުރު ދުވަހު މޮސްކޯގައި ތިބި ޑިފެންސް އޮފިޝަލުން ބުނީ ވެގްނަރ ގްރޫޕްގެ ކުލީ ސިފައިން އެ ސިޓީއަށް ހަމަލާދެމުންދާ ކަމަށެވެ.

ރަޝިޔާގެ ވައިގެ ސިފައިން ދިޔައީ "އެސޯލްޓް ސްކޮޑްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ސިޓީއަށް ވަޒަން ފޯރުކޮށްދީ ރިޒާވް ގެނައުމަށް ދުޝްމަނުން ކުރާ މަސައްކަތްތައް ހުއްޓުވަމުން" ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އަސްކަރީ ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސްޓްރެޓެޖިކް ވެލިއު މަދު ބަޚްމުތު ދިފާއު ކުރަމުން ގެންދާނެ ކަމަށް ޔޫކްރޭނުން ބުނަމުންދެ އެވެ. އެކަމަކު ރަޝިޔާއަށް އެ ސިޓީ އަތުލަން އުޅުމުގެ ތެރޭގައި އިންތިހާއަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވެ އެވެ.

ބީބީސީގެ ރަޝިޔާގެ ހިދުމަތުން ކުރިއަށް ގެންދިޔަ އޮޕަން ސޯސްތަކުގެ ތަހުލީލަކުން ހަނގުރާމަ ފެށުނު ފަހުން މަރުވި މަދުވެގެން 20،451 ރަޝިޔާ ސިފައިންގެ އައިޑެންޓިޓީ ކަށަވަރުވި އެވެ. އެ މަރުތަކުގެ ތެރެއިން 1،820 އެއްހާ މީހުން މަރުވެފައި ވަނީ މިދިޔަ ދެ ހަފްތާގެ ތެރޭގައި ކަމަށް ތަހުލީލުތަކުން ދައްކަ އެވެ.

]]>
Mon, 01 May 2023 15:51:29 +0500 ޒުރޫ
ތުރުކީގައި ފެންބޮޑުވެ 14 މީހަކު މަރު https://heerasnews.com/1147 https://heerasnews.com/1147

ހުސްވި މަހު ތުރުކީއަށް އައި ބިންހެލުމުގައި ވީރާނާވެފައިވާ ހިސާބުގނަޑުގައި ފެންބޮޑުވެގެން 14 މީހަކު މަރުވެއްޖެއެވެ. އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ ސޫރިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަންލީއުރްފާ އަށެވެ. ފެންބޮޑުވެގެން މަރުވި މީހުންގެ ތެރެއިން ދެމީހުންނަކީ އަދީޔަމަން ދެ މީހުންނެވެ. 12 މީހުންނަކީ ސަންލީއުފްރާގައި ދިރިއުޅޭ މީހުންނެވެ. ބިންހެލުމުގައި ސަންލީއުރްފާގެ ގިނަ ގެތަކާއި އިމާރާތްތައް ވަނީ ވީރާނާވެފައެވެ. އެ ތާނގެ ގިނަ މީހުން ދިރިއުޅެނީ ޓެންޓުތަކާއި ކޮންޓެއިނަރުތަކުގައެވެ.


ފެންބޮޑުވެގެން ގިނަ ބަޔަކު ފެންގަނޑާ އެކު ކޯރުތަކަށް ދަމައިގަނެފައިވާ ކަމަށްވެއެވެ. ކުރިއަށް އޮތް ހަފުތާގައި ވެސް އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ތާނގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. 

މަރުވެފައިވާ މީހުންގެތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. އަނެއްކޮޅުން އެތަނުން ފަސް މީހުން ގެއްލިގެ އެ މީހުން ހޯދުމަށް ކަމާބެހޭ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

]]>
Sat, 18 Mar 2023 19:09:55 +0500 ހީރަސް
ހަތިޔާރާއެކު ބަގާވާތެއް ކުރުމަށް ރޭވި ބަޔަކު ހައްޔަރުކޮއްފި https://heerasnews.com/791 https://heerasnews.com/791 ޖަރުމަނު ވިލާތުގެ ސަރުކާރު ހިންގަން ތިބި ހުރިހާ ވެރިން ގަތުލުކޮށް ޖަރުމަނުގެ ޕާލަމެންޓް ހިފުމަށް ރާވާފައިވާ ބަގާވާތެއް ޖަރުމަނުގެ ސްޕެސަލް ފޯސަސް (ކޭ އެސް ކޭ) އިން ހުއްޓުވައިފިއެވެ. ކަނާތު ފިޔައިގެ ހަގުރާމަވެރި ގްރޫޕެއް ކަމަށްވާ "ރެއިންޗް ބާރގަރ" އަކީ ނާޒީ ވިސްނުން ހުންނަ އެމެރިކާގެ ކޮންސްޕިރަސީ ތިއަރީ ވެބްސައިޓް ކިއުނަން ގެ ފޮލޯވަރުންނެވެ.

ބަގާވާތުގައި ޖަރުމަނުގެ ޗާންސެލަރ ވަގުތުން ބަޑިޖަހާ އަވަހާރަކޮށްލުމަށް ރާވާފާ ވާއިރު، ޖަރުމަނުގެ ކެޕިޓަލް ހިފުމަށާއި ހުރިހާ މަޖިލިސް މެންބަރުން ހައްޔަރު ކުރުމަށް ވެސް އީ ރާވާފައެވެ. މި ބަގާވާތް ނާކާމިޔާބު ކޮއްލުމަށްޓަކައި މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި 3 ހާހަށް ވުރެ ގިނަ ސްޕެޝަލް ފޯސަސްގެ ސިފައިން ބައިވެރި ވެފާވެއެވެ.

ޖަރުމަނުގެ 15 ސިޓީއެއްގެ 150 އަށް ވުރެ ގިނަ ގެ ބަލާ ފާސް ކޮއްފައިވެއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 25 މީހަކު ވަނީ ހައްޔަރު ކޮއްފައެވެ. އަދި އިތުރު އެތައް ބަޔަކާއި ދަނީ ސުވާލުކޮށް ތަހުގީގު ކުރަމުންނެވެ.

މި ބަގާވާތް ރާވާފައިވާ އެންމެ އިސް ފަރާތަކީ ޖަރުމަނުގެ ކުރީގެ ރަސްކަލުން ހެންއިންރިޗް 9 ގެ ދަރިކަލުން ޕްރިންސް ހެއިންރިޗް 13 އެވެ. ޕްރިންސް ހެއިންރިޗް 13 އަކީ މިހާރު އުމުރުން 71 އަހަރުގެ ބޭފުޅެކެވެ.

ޖަރުމަނުގެ ފްރެންކް ފާރޓް ސިޓީގައި ފިލާ ހުންނަވަނިކޮށް ޕްރިންސް ވަނީ ހައްޔަރު ކޮއްފައެވެ. ހައްޔަރު ކުރި އިތުރު މީހުންގެ ތެރޭގައި ޖަރުމަނުގެ ކުރީގެ ފާ ރައިޓް ޕާލަމެންޓް މެންބަރަކާއި މިހާރު ވެސް ޖަރުމަނުގެ ސިފައިންގެ ތެރޭގައި އުޅޭ  އިސް އޮފިސަރަކާއި ކުރީގެ ޕޮލިސް އޮފިސަރަކާއި ޖަރުމަނުގެ އެލީޓް ސްޕެޝަލް ފޯސަސްގެ މެންބަރުން ހިމެނެއެވެ.

ޖަރުމަނުގެ ބަގާވަތް ރޭވުމުގައި ފައިސާގެ ގޮތުންނާއި ހަތިޔާރުން ރަޝިޔާގެ އެހީތެރިކަން ފޯރުކޮށް ދިންކަމުގެ ތުހުމަތުތައް ވަނީ ކޮއްފައެވެ. ޔުކުރޭން ރަޝިޔާ ހަގުރާމައިގާ ޖަރުމަނުގެ ސަރުކާރުން ރަޝިޔާއާއި ދެކޮޅަށް ޔުކުރޭންއަށް އެހީތެރިވެދޭތީ ރަޝިޔާއިން މި ބަގާވާތައް ވާގިވެރި ވެދާނެ ކަމަށް ބައެއް ނޫސްތައް ބުނެވެ. ނަމަވެސް ރަޝިޔާއިން ދަނީ އެ ތުހުމަތުތައް ދޮގުކޮށް އެކަމަކީ ޖަރުމަނުގެ ދާހިލީކަމެއް ކަމަށް ބުނެފައެވެ.

ޖަރުމަނުގެ ވާތުފިޔާގެ ހަރުކަށި ޖަމާއަތައް ނިސްބަތްވާ އެކްޓިވް މީހުންގެ ގޮތުގައި 19 ހާސް މީހުން އުޅޭނެ ކަމަށް ބެލެވެއެވެ. ޖަރުމަނުގެ ސަރުކާރުން ވަނީ މި ފަރާތްތަކުން އިތުރު ނުރައްކަލެއް ކޮށްފާނެ ކަމަށް ބަލާ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮއްފައެވެ.

]]>
Sun, 11 Dec 2022 23:20:23 +0500 ހީރަސް
ޖަރުމަނުވިލާތުގެ ލޭބަރ ލޯ އާއި ޓްވީޓަރ ހިލާފުވެއްޖެ https://heerasnews.com/745 https://heerasnews.com/745 މިދިޔަ އޮކްޓޯބަރ މަހު 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށް ފަހު ބިލިޔަނަރ އީލާން މަސްކު އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކަކީ ޓްވިޓާރގެ ސްޓާފުން މަދުކުރުމުގެ މަސައްކަތެވެ. އެ ގޮތުން އެންމެ ފުރަތަމަ ވެސް އެގްޒެކްޓިވް ލެވަލްގެ ހުރިހާ ވެރިން ވަކިކުރެއްވިއެވެ. އަދި ކޮންމެ ސްޓާފަކަށް ވެސް އީމެއިލް އެއް ފޮނުއްވިއެވެ. ޓްވިޓަރގެ ވަޒީފާގައި ދެމި ތިބެވޭނެކަން ނުވަތަ ނޫންކަން އެގޭނީ އެ އީމެލުން ކަމަށް އިއުލާނު ކުރުމަށް ފަހު އެތައް ސްޓާފުންނެއް ވަޒީފާއިން ވަކިކުރެއްވިއެވެ. ޓްވިޓާރގެ ހެޑް ކުއާޓަރުގައި ތިބި ޓެކްނިކަލް ސްޓާފުންނާއި އިންޖިނޭރުންތައް ވެސް ވަޒީފާތަކުން ވަކި ކުރުމަށް ނޯޓިސްދީ މައި އޮފީސް ބަންދުކޮށް ތަޅުލާ ހެދި އެވެ. ޓްވިޓާރ ސްޓާފުންގެ ގޮތުގައި ޖަރުމަނުގައި ތިބި ޖަރުމަނުގެ ރައްޔިތުންގެ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ޖަރުމަނުގެ ބާލިންގެ ޓްރޭޑް ޔުނިއަން ވަނީ މި މައްސަލައިގެ ތެރެއަށް ވަދެފައެވެ.

އެމެރިކާގެ ގާނޫނުތަކާ ހިލާފަށް ޖަރުމަނާއި ޔޫރަޕްގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުތައް މުއައްޒަފުންގެ ވަޒީފާތައް ރައްކާތެރި ކޮއްދޭ ކަމަށް ގާނޫނީ މާހިރުން ވިދާޅުވެއެވެ. ޓްވިޓާރ ގޮވައިގެން ޖަރުމަނުގެ ޓްރޭޑް ޔުނިއަނުން ކޯޓަށް ދާނެ ކަމުގެ ނޯޓިސް މިހާރުވަނީ ދީފައެވެ. އަޔަލޭންޑާއި، ފްރާންސް އަދި ޔޫކޭ އިން ވެސް އިލާން މަސްކު ގޮވައިގެން ކޯޓަށް ދާނެ ކަމުގެ ހަބަރުތައް އިވެއެވެ.

އީލާން މަސްކް ޓްވިޓަރ އޮޕަރޭޓް ކުރާ ކުރުމާ ގުޅޭ ގޮތުންދަނީ ކަން ބޮޑުވުންތައް ފާޅުކުރަމުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި އީލާން މަސްކް ވަނީ ޓްވިޓަރ އިން ބޭން ކޮއްފަވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ ޓްވިޓަރ އެކައުންޓް އެކްޓިވް ކޮއްދެއްވާ ފައެވެ.

ރައީސް ޓްރަންޕްގެ ޓްވިޓަރ އެކައުންޓް އޭރު ބަންދު ކޮއްފައިވަނީ 6 ޖެނުއަރީ 2020 ގައި އެމެރިކާގެ މަޖިލިސް ކުރާގެއަށް ޓްރަޕްގެ ސަޕޯޓަރުން އަރައިގެން މައްސަލާގައެވެ. ނަމަވެސް މަސްކް ވިދާޅުވެފައިވަނީ ޓްރަންޕް ގެ ޓްވީޓަރ އެކައުންޓް ބްލޮކް ކުރުމަކީ ގޯހެއް ކަމަށެވެ. ހަމަ މިއާއި އެކު ކުރިން ޓްވީޓާރ އިން ބުލޮކް ކޮއްފައިވާ ހުރިހާ އެކައުންޓެއް އެކްޓިވޭޓް ކޮއްދޭނެ ކަމަށް ވެސް ވަނީ އިއުލާނު ކޮއްފައެވެ.

އެމެރިކާގެ މިޑްޓާމް އެލެކްޝަން އޮތް ދުވަހު އީލާން މަސްކުވަނީ އެމެރިކާގެ ހުރިހާ ރައްޔިތުން ރިޕަބްލިކަން ޕާޓީގެ ކެޑިޑޭޓުންނަށް ވޯޓު ދިނުމަށް ޓްވިޓަރ މެދުވެރިކޮށް ގޮވާލާފައެވެ. ނަމަވެސް އެއިންތިހާބުގައި މިހާރު ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ. އީލާން މަސްކް ޓްވިޓަރ މެދުވެރިކޮށް އެމެރިކާގެ ސިޔާސީ މަސްރަހަށް ކުޅެފާނެ ވަރަކާއި ޓްވިޓަރގެ ރައްކާތެރިކަން ކުޑަވުމުން ދުނިޔޭގެ ސުލްހަޔަށް ކޮއްފާނެ ނުރައްކަލަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޓްވިޓަރގައި އިސްތިހާރު ކުރާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން 3 ބައި ކުޅަ 2 ބައި ކުންފުނިތައް ވަނީ ޓްވިޓަރއިން އިސްތިހާރު ކުރުން ހުއްޓާލާފައެވެ. ސަބަބަކީ ހޮލޮކޯސްޓާއި ދެކޮޅު ނުވަތަ ނަސްލީ ތަފާތުކުރާ ޓްވިޓެއް މީހަކު ކޮއްފިނަމަ އެ ކުންފުނި ތަކުގެ އިސްތިހާރަކާއި އެކު ޓްވިޓާރގައި ފެންނަން އިދެއްޖެނަމަ އެކުންފުނިތަކުގެ ވިޔަފާރިތައް ހަލާކުވެ ޕްރޮޑަކްޓްތަކާއި ދެކޮޅަށް ކެންޕެއިން ފެށިދާނެކަމަށް ޖެހެލުންވާތީ އެވެ.

ޖަރުމަނުގެ "ކުންޑި ގުން ޝުތުސް" (ޕްރޮޓެކްޝަން އެގެއިންސްޓް އަންލޯފުލް ޓާމިނޭޝަން އެކްޓް) ގާނޫނަކީ މަސައްކަތްތެރިން މަސައްކަތުގެ މާހައުލުގައި ތިއްބާ ވަޒީފާއިން ވަކިކުރުމުން މަސައްކަތްތެރިން ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ޓްވިޓާރގެ މުއްޒަފުންގެ ގޮތުގައި ތިބި ޖަރުމަނުގެ ރައްޔިތުންނަށް ބަދަލު ލިބެގެން ދާނެކަމަށް ޖަރުމަނުގެ ވޯކާރސް ކައުންސިލުން ވަނީ ބުނެފައެވެ. ޖަރުމަނުގެ މި ލޯސުއިޓްއަށް ވާގޮތަކުން ޓްވިޓާރ އާއި ދެކޮޅަށް އެހެނިހެން ގައުމު ތަކުގައި ވެސް ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ.

]]>
Sun, 27 Nov 2022 17:40:21 +0500 ހީރަސް
ތުރުކީ ސިފައިން ސޫރިޔާއަށް https://heerasnews.com/726 https://heerasnews.com/726

ކުރުދީ ޖަމާއަތްތަކާ ހަނގުރާމަ ކުރަން ތުރުކީ ވިލާތުގެ ސިފައިން ސޫރިޔާއަށް ފޮނުވަން ޖެހިދާނެ ކަމަށް ތުރުކީގެ ރައީސް އުރުދުގާން އިންޒާރު ދެއްވައިފިއެވެ. އިސްތަންބޫލުގެ އިސްތިގުލާލް އެވެނިޔުއަށް ނޮވެމްބަރ 13 ގައި ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ކުރުދިސްތާން ވަރކަސް ޕާޓީ (ޕީ.ކޭ.ކޭ)ގެ ހަނގުރާމަވެރިން ކަމަށް ތުރުކީ ވިލާތުން ތުހުމަތު ކުރެއެވެ.

ތުރުކީގެ އަސްކަރިއްޔާއިން މިހާރު ވަނީ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާދޭން ފަށާފައެވެ.
ސޫރިޔާއާއި އިރާގުގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެ މަގުން ތުރުކީން ދަނީ ހަމަލާ ދެމުންނެވެ.

އިސްތިގުލާލު އެވެނިޔުއަށް ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވެ 81 މީހަކު ޒަހަމުވިއެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ކުރުދީން ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާދޭން ފަށާފައިވާއިރު ސޫރިޔާއަށް ސިފައިން ފޮނުވުމާ ގުޅޭ ގޮތުން ތުރުކީ އަސްކަރިއްޔާގެ އިސް ޖެނެރަލުން މިހާރު މަޝްވަރާ ކުރަމުންދާ ކަމުގައި ތުރުކީގެ ރައީސް ވިދާޅުވިއެވެ.

]]>
Wed, 23 Nov 2022 21:34:36 +0500 ހީރަސް
ކިންގް ޗާލްސްގެ ފުރަތަމަ މެހުމާނަކީ ރަމަޕޯސާ! https://heerasnews.com/725 https://heerasnews.com/725 އިގިރޭސިވިލާތުގެ ޝާހީ އާއިލާއަކީ ނަސްލީ ތަފާތުކުރުމާއި ކަޅު ނަސްލުގެ މީހުންނަށް ތަފާތުކުރުންތައް ގެންގުޅޭ ބައެއްކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ. މިދިޔަ އަހަރު އެމެރިކާގެ މަޝްހޫރު ޓީވީ ޝޯއެއްކަމަށްވާ އޮޕްރާ އިންޓަވިއުގައި ޝާހީ ޕްރިންސަސް މޭގަން މަކެއިލް ވަނީ ޝާހީ އާއިލާގައި ރޭސިސްޓް ބަޔަކު ކަމުގައި ސިފަކުރައްވާ ވަރަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައެވެ. ޝާހީ އާއިލާއަށް އަމާޒުވި ފާޑު ކިޔުންތަކާއި އެކު އަރައި ނުގަނެވި އުޅެނިކޮން ރަނީ އަވަހާރުވުން ވެގެންދިޔައީ އިގިރޭސި ޝާހީއާއިލާއަށް ކުރިމަތިވި ގޮންޖެހުމަކަށެވެ.

އިގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒެބަތު މިދިޔަ ސެޕްޓެމްބަރ 8 ގައި އަވަހާރުވުމާއި ގުޅިގެން ޕްރިންސް ޗާލްސްއަށް އިގިރޭސި ތަހުތުގެ ތާޖު ލިބިވަޑައިގެން ކިންގް ޗާލްސްގެ ހައިސިއްޔަތުން ބޭރުގެ ވެރިޔަކަށް އެންމެ ފުރަތަމަ މެހުމާންދާރީ އަދާކުރަން ޖެހިވަޑައިގަތީ ސައުތު އެފްރިކާގެ ރައީސް ސައިރަލް ރަމަޕޯސާ އެވެ.

މުޅި ދުނިޔެއަށް ކިންގް ޗާލްސްގެ ފަރާތުން އިއްޔެ ފެނިގެން މިދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. ކިންގް ޗާލްސްގެ ޒައާމަތުގައި ރަސްމީ ހައިސިއްޔަތުން ބޭރުގެ އިއްޒަތްތެރި އަކަށް މެހުމާންދާރީ އަދާކުރަން ފުރަތަމަ ވެސް މިލިބުނީ ކަޅު ނަސްލުގެ ބޭފުޅެކެވެ. ސައުތު އެފްރިކާގެ ރައީސް ސައިރަލް ރަމަޕޯސާއަށް ޝާހީ މެހުމާންދާރީ އަދާކުރުމުގައި ކިންގް ޗާލްސްގެ ފަރާތްޕުޅުން ފެނުނީ އާދަޔާހިލާފު މެހުމާންދާރީއެކެވެ. ގާރޑް އޮފް އޮނަރ އެރުވުމާއި ޝާހީ އަސްގާޑިޔާ ކޮޅުގައި ދެބޭފުޅުން އެކުގައި ވަޑައި ގަތުމާއި ރައީސް ރަމަޕޯސާގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅެވެ. ކިންގް ޗާލްސް އަކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދޭ ބޭފުޅެއް ނޫންކަން ދުނިޔެއަށް ހާމަ ކޮއްދެއްވައިފިއެވެ. ކިންގް ޗާލްސްގެ ވެރިކަމުން ފެނިގެން މިދިޔައީ ކުރިން މީހުން އުންމީދު ނުކުރާ ފަދަ ފެށުމަކަށެވެ.

އިގިރޭސިވިލާތާއި ސައުތު އެފްރިކާގެ ގުޅުން މި ވަގުތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޔުކުރޭން މައްސަލައިގައި އިގިރޭސިންނެގި ސްޓޭޑްގެ ބަދަލުގައި ސައުތު އެފްރިކާގެ ސަރުކާރުންވަނީ ރަޝިޔާކޮޅަށް ޖެހިފައެވެ. ރަޝިޔާއާއި ދެކޮޅަށް އެމެރިކާއާއި ޔޫރަޕް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ދެކޮޅު ހެދި މަދު ގައުމުތަކުގެތެރޭގައި ވެސް ދެކުނު އެފްރިކާ ހިމެނެއެވެ. ރަޝިޔާއިން ޔުކުރޭނަށް އަރާ ޔުކްރޭނުގެ ބިންތަކަށް ވެރިވެގަނެފައިވާ ބަޔަކީ ރަޝިޔާގެ އެނެކްސް އެއްކަމަށް ރަޝިޔާއިން ކަނޑައެޅުގެ ކުރިން ސައުތު އެފްރިކާގެ ސަރުކާރާ އަދި ސައުތު އެފްރިކާގެ ވެރިކަން ހިންގާ އޭއެންސީ އިންވަނީ ރަޝިޔާއިން ހިފި ޔޫކުރޭނުގެ ހަތަރު ސަރައްދަކީ ރަޝިޔާގެ ތަންތަން ކަމަށް ގަބޫލުކޮށްފައެވެ.

ޑައުނިން ސްޓްރީޓްގައި އިގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އާއިއެކު ރައީސް ރަމަޕޯސާ ބޭއްވި ބައްދަލުވުމުން ދެގައުމުގެ ގުޅުމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އިގިރޭސިވިލާތާއި ޔޫރަޕް ގުޅިގެން ސައުތު އެފްރިކާގެ ރީނިއުބަލް  އެނަރޖީ ސެކްޓަރަށް 8.5 ބިލިއަން ޑޮލަރުގެ އެހީ ލިބޭނެ ގޮތް ހަމަޖެހިގެން ދާނެކަމަށް ހަބަރުތައް ބުނެއެވެ. އޭއެންސީގެ ޒުވާން ގޮފީގެ ފަރާތުން ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވަނީ ރައީސް ރަމަޕޯސާ ހައްދަނީ ވަރަށް ބޮޑު ގޯހެއްކަމަށެވެ. އޭއެންސީ ވެރިކަމަށް އާދެވެން އޮތީ ކޯލް ނަގާ ޔުނިއަން އާއި ވިޔަފާރިވެރިންގެ ތާއީދާއި އެކު ކަމަށެވެ. ނަމަވެސް ރީނިއުބަލް އެނަރޖީއަށް ސަރުކާރުން ދީލާލުމަކީ ސަޕޯޓް ބޭސް ގެއްލިގެން ދާނެކަމެއް ކަމަށެވެ.

މީގެ ކުރިން ސައުތު އެފްރިކާގެ ވެރިއަކު އިގިރޭސިވިލާތައް އެންމެ ފަހުން ގޮސްފައިވަނީ 2010 ވަނަ ރައީސް ޖޭކަބް ޒޫމާގެ ވެރިކަމުގައެވެ. ރައީސް ޒޫމާގެ މައްޗައް ބޮޑެތި ކަރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި މިހާރުވެސް ދަނީ ޕްރޮސިކިއުޓް ކުރެވެމުންނެވެ. ސައުތު އެފްރިކާގެ ރައީސް ރަމަޕޯސާ ގެ މައްޗައް ވެސް ތުހުމަތުތަކެއް އަންނަނީ ކުރެވެމުންނެވެ. ރައީސް ރަމަޕޯސާ ގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް ކުރީ ސަރުކާރުން ވަގައް ނެގި އެތައް މިލިޔަން ޑޮލަރެއް ރަމަޕޯސާގެ އަމިއްލަ ޗުއްޓީ ހޭދަކުރާ ގޭމް ރޭންޗްގައި ފޮރުވާފައިވާކަމަށް އަންނަނީ ބުނަމުންނެވެ.

އަންނަ ޑިސެމްބަރު މަހުގެ މެދެއްހާ ހިސާބުގައި އޭއެންސީގެ ލީޑަރަކު ހޮވުމަށް ބާއްވާ އެލެކްޝަން އޮންނާނެއެވެ. އިގިރޭސި ވިލާތައް ރައީސް ރަމަޕޯސާ މިކުރައްވާ ދަތުރުފުޅުން ލީޑަރޝިޕް އިންތިހާބަށް ވަރަށް ބޮޑު ފައިދާ އެއް ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

]]>
Wed, 23 Nov 2022 18:40:42 +0500 ހީރަސް