Maldives Real Time Facts & : އީޖާދީވެށި https://heerasnews.com/rss/category/ސަޓާ Maldives Real Time Facts & : އީޖާދީވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) އަށްމަހުން ނިންމަންބުނި ރަސްމާލެ ބޮކިޖަހާ އަޑިއަށް! https://heerasnews.com/2342 https://heerasnews.com/2342 ދުނިޔޭގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލް އަޅަނީ މާލެއާއި ރަސްމާލެ ގުޅާލަން ކަމަށް މުއިއްޒު ބުނީމާ ހައިރާންވިއެވެ. ދުނިޔޭގެ އެތަން މިތާ އަންޑަވޯޓަރ ޓަނަލްތައް އޮތީމައެވެ. ދުނިޔޭގެ ފުރަތަމަ އަޅާ އަންޑަވޯޓަރ ޓަނަލަކީ ރަސްމާލެ ޓަނަލޭ ބުނީމާ ގަބޫލު ކުރަން އުނދަގޫވީއެވެ. ސިއްސައިގެން ދިޔައީއެވެ.

މުއިއްޒު އަންޑަރވޯޓަރ ޓަނަލޭ ވިދާޅުވެ އެދެއްކެވި ވާހަކަ މިއަދު ގަބޫލުކުރެވިއްޖެއެވެ. އެއީ ހަމަތެދެކެވެ. މުއިއްޒު އެވިދާޅުވާ ރަސްމާލެ އަންޑަރވޯޓަރ ޓަނަލް ވާނީ ދުނިޔޭގެ އެފަދަ ފުރަތަމަ ޓަނަލަށެވެ. ދުނިޔޭގައި މިހާތަނަށް އަޅާފައިވާ ހުރިހާ އަންޑަރވޯޓަރ ޓަނަލް ގުޅިފައި އޮތީ ހިކިފަސް ތަންތަނާއެވެ. އެޓަނަލްތަކުން ދަތުރުކޮށް ދެވެނީ ހިކިފަސް ތާކުން ހިކިފަސް ތާކަށެވެ. 

ރަސްމާލެ ޓަނަލު ތަފާތެވެ. ރަސްމާލެ ޓަނަލަކީ މާލެއާއި އަންޑަރވޯޓަރ ސިޓީއަކާ ގުޅުވާދޭ ޓަނަލެކެވެ. ރަސްމާލެއަކީ އަންޑަރވޯޓަރ އެކޯ ސިޓީއެކެވެ. ހައިދަރު ވިދާޅުވާހެން ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ލޯ ކާބަން ސޭފް އައިލެންޑް ކޮންސެޕްޓަށް ފެތޭ އެކޯސިޓީއެކެވެ. ރަސްމާލެ ފެނުން މައްޗަކަށް ނުހިކޭނެއެވެ. ރަސްމާލެ އޮތީ އަޑީގައެވެ. އޮންނާނީ ވެސް އަޑީގައެވެ. މުއިއްޒު އަޅާ އަންޑަރވޯޓަރ ޓަނަލްގެ އެއްކޮޅު އޮންނާނީ އަންޑަރވޯޓަރ އެކޯސިޓީ ރަސްމާލެއާއި ގުޅިފައެވެ. އެހެންކަމުން ރަސްމާލެ އަންޑަރވޯޓަރ ޓަނަލަކީ އެގޮތަށް ދުނިޔޭގައި އެޅޭ ފުރަތަމަ ޓަނަލަށް ނުވެއެއް ނުދާނެތާއެވެ.   

މާތް ކަލާކޯއޭވެ. ދިވެހިންނަށް މުއިއްޒު މިދައްކަނީ ކޮންފަދަ ނަނާ ހުވަފެނެއް ހެއްޔެވެ. ދިވެހިންނަކީ ޑިޒްނީ ވޯލްޑްގެ ކާޓޫނު ކެރެކްޓަރ ތަކަކީ ހެއްޔެވެ. ސައިޒަށް ވުރެ ބޮޑު ފައިވާނަކަށް އެރިގެން ފުންނާބުން ބަޑިތަޅަން މުއިއްޒެއް ކަމަކު ނުހަދާށެވެ. 

ފުށިދިއްގަރުފަޅު ހިއްކަން ފެށިއިރު ހީވީ ބަލްގީސް ރަނިންގެ ތަހުތު ގެނައުން ފަދަ އަވަސް ކަމަކަށް ރަސްމާލެ ބިނާކުރުން ވާނެހެނެވެ. ބަޖެޓް ނެތަސް ފަރުވާލެއް ނެތެވެ. އެއްރޮއްޖަށް ފޫގަޅައިގެން ދުވަހެއްގެ ހަވީރު ސާޖިދާ ގޮވައިގެން މުއިއްޒު ބަނޑުމައްޗަށް އަރާ ތެޅެގަތް ގޮތަށް ނިންމާނުލާ ބަނޑުމަތިން ފައިބާނެއެކޭ ހިތަކަށް ނާރައެވެ. ކޮށްލި ތެޔޮގުޅާ ސާދައިން ހީވީ އެމޭޒަނާއި މައިކްރޯސޮފްޓަށް ދާންދެން އެތަނަށް ހޮޅި ގުޅާފައި އޮތް ހެންނެވެ. 

ކަމަކުދާކަށް ނެތެވެ. ރަސްމާލެ ހުއްޓި ބުރަކިޖެހި ހަރުވެއްޖެއެވެ. އަށް މަހުން ނިންމަން ބުނި ރަސްމާލެ ބޮކިޖަހާ އަޑިއަށް ހިނގައްޖެއެވެ. އެކަކު ނިކުމެ ދުނިޔެ ތެރޭގައި އަތްފުނާ އަޅައިގެން އެކޯ މާހިރަކު ހޯދަނީއެވެ. އަނެކަކު އުޅެނީ ކަނޑުން ވެލި ހުސްވެގެންނެވެ. އަނެއްކޮޅުން ދުނިޔޭގައި އޮތްކަމަށް ވަނީ އެންމެ ޑްރެޖަރެކެވެ. ގުޅިފަޅު ނުހިކެނީސް ރަސްމާލެ ނުހިކޭން ގަދަ ހަދަނީއެވެ. ބަހަނާގެ މައްޗަށް ބަހަނާއެވެ. ރަސްމާލެ ހިއްކޭނެ ދުވަހެއްގެ ކޮޅެއް މެދެއް ނޭގެއެވެ. 

]]>
Wed, 20 Mar 2024 21:25:28 +0500 ހީރަސްނިއުސް
ދުނިޔޭގެ ފުރަތަމަ އަންޑަވޯޓަރ ޓަނަލް: ތޭމްސް ޓަނަލް https://heerasnews.com/2209 https://heerasnews.com/2209 ދުނިޔޭގައި އަންޑަރވޯޓަރ ޓަނަލް އަޅާތާ ކޮން ޒަމާނެއް ހެއްޔެވެ. މާލޭން ފުށިދިއްގަރުފަޅަށް ޑރ. މުއިއްޒު އަޅަން ހިޔާލީ ފޮލާކައްކާ އަންޑަރވޯޓަރ ޓަނަލް ދުނިޔޭގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލަށް ވާގޮތެއް ވިސްނާ ވިސްނާވެސް ނޭގުނެވެ. މުއިއްޒު އަޅަން މިއުޅެނީ ކޮން ދުނިޔެއެއްގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލެއް ހެއްޔެވެ. އަނގައެއް އޮތީމާ އަނގަތަޅައި ގަންނައިރު ތިމާ ނޫން މީހުންވެސް އެބައުޅޭކަން ނޭނގޭ ވަރަށް ޑރ. މުއިއްޒު މޮޔަވީ ހެއްޔެވެ.

ދުނިޔޭގައި އަންޑަރ ވޯޓަރ ޓަނަލެއް އެންމެ ފުރަތަމަ ބިނާކުރީ 19 ވަނަ ގަރުނުގެ ފަހު ކޮޅުގައެވެ. 1825 އާއި 1843 އާ ދެމެދުގައެވެ. ދުނިޔޭގައި ބިނާކުރި ފުރަތަމަ އަންޑަރވޯޓަރ ޓަނަލަކީ ތޭމްސް ޓަނަލެވެ. ތޭމްސް ޓަނަލް ބިނާ ކުރެވުނީ ލަންޑަނުގެ އިރުމަތިފަރާތުގެ ނިމޭހިސާބުގައި އޮންނަ ރޮތަރހައިތު އާއި ވަޕިންގް އާއި ދޭތެރޭގައި އޮންނަ ތޭމްސް ކޯރުގައެވެ. 

ތޭމްސް ޓަނަލް

ތޭމްސް ޓަނަލުގެ ފަހުން ދުނިޔޭގެ އެތަން މިތާ 200އަށް ވުރެ ގިނަ އަންޑަރވޯޓަރ ޓަނަލްތައް ބިނާކޮށްފައިވެއެވެ. ދުނިޔޭގައި އޮތް އެންމެ ދިގު އަންޑަރ ވޯޓަރ ޓަނަލަކީ ޖަޕާނުގެ ސެއިކަން ޓަނަލެވެ. އެ ޓަނަލް އޮންނަނީ ޖަޕާނުގެ ހޮންޝޫ އިންފެށިގެން ހޮކައިޑޯގެ އެންމެ އުތުރު ރަށަށެވެ. ސެއިކަން ޓެނަލްގައި 53.85 ކިލޯ މީޓަރ ހުރެއެވެ. އެއީ 33.46 މޭލެވެ. ސެއިކަން ޓަނަލަކީ ދުނިޔޭގައި ދެވަނައަށް އެންމެ އަޑިގައި ބިނާކުރެވިފައިވާ ޓަނަލެވެ. 1988 ވަނައަހަރު ހުޅުވި ސެއިކަން ޓަނަލްގެ އަގަކީ 7 ބިލިޔަން އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއން ނަމަ އެއީ 107.94 ބިލިއަން ދިވެހި ރުފިޔާއެވެ.

ޖަޕާނުގެ ސެއިކަން ޓަނަލް

ދުނިޔޭގައި އޮތް އެންމެކުރު އަންޑަރވޯޓަރ ޓަނަލަކީ 2002 ވަނަ އަހަރު ނެދަރލޭންޑްގައި ހުޅުވި ވެލުމީރު އެކޯޑަކްޓް ޓަނަލެވެ. ވެލުމީރު އެކޯޑަކްޓް ޓަނަލްގެ ދިގުމިނަކީ އެންމެ 78 ފޫޓެވެ. ވެލުމީރު އެކޯޑަކްޓް ޓަނަލް ގާއިމުކޮށްފައި ވަނީ ވެލުމީރު ކޯރު ހުރަސްކުރާ ބުރިޖުގެ އެއްފަރާތުން އަނެއް ފަރާތަށް ކޯރުން ދަތުރުކުރާ ލޯންޗް ފަހަރު ދުއްވޭގޮތަށް ފެނުއަޑިން ބުރިޖުގެ ދެބައި ގުޅުވާ ލުމަށެވެ. ވެލުމީރު އެކޯޑަކްޓް ޓަނަލްގެ އަގަކީ 45 މިލިއަން ޕައުންޑެވެ. 882.45 މިލިއަން ދިވެހި ރުފިޔާއެވެ.

ވެލުމީރު އެކޯޑަކްޓް ޓަނަލް

ދުނިޔޭގެ އެކި ގައުމުތަކުގައި 200 ވަރަކަށް އަންޑަރވޯޓަރ ޓަނަލް އޮތްއިރު ޓްރިލިއަނުން ގައުމީ ރިޒާވް ނުގުނާ އެއްވެސް ގައުމެއްގައި އަންޑަރވޯޓަރ ޓަނަލެއް ބިނާކޮށްފައެއް ނެތެވެ. ޖަޕާނާއި އިނގިރޭސި ވިލާތާއި ނޯވޭއާއި ނެދަރލޭންޑް ފަދަ ގައުމު ތަކުގައި ކުރާހާ ކަމެއް އާބާދީގައި ބައި މިލިޔަން ނޫޅޭ ދިވެހި ރާއްޖޭން ކުރަން އުޅުމަކީ ވެރިމީހާ ބޮލަށް ފިތިފައި ހުރިވަރު ރަމްޒު ކޮށްދޭ ކަމެކެވެ. 

ދުނިޔޭގައި އަންޑަވޯޓަރ ޓަނަލްތައް އަޅާފައި ހުރީ ސަމާސާ ގައުމު ތަކަކު ނޫނެވެ. 2023 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައިވެސް އަންޑަރވޯޓަރ ޓަނަލެއް ހުޅުވާފައި އެބަ އޮތެވެ. އިންޑިއާގައި އޮތް އެއްޗަކަށް އެއްޗެއް ރާއްޖޭގައިވެސް އޮންނަންވާނެއެވެ. އިނޑިއާގައި އޮތް އަންޑަރ ވޯޓަރ ޓެނަލްގެ ދިގުމިނަކީ 10.8 ކިލޯ މީޓަރެވެ. އެޓެނަލް ބިނާ ކުރުމަށްވެސް 120 ކްރޯޑް އިންޑިއާ ރުޕީސް ހަރަދުވިއެވެ. 

މުންބާއީ ޓަނަލް

ދުނިޔޭގައި އަޅާފައިވާ ގިނަ ޓަނަލްތައް އަޅާފައިވަނީ ކޯރުތަކުގައެވެ. ކަނޑު ހުރަސްކޮށް އަޅާފައިވަނީ ނިސްބަތުން މަދު ޓަނަލެކެވެ. ކަނޑު ހުރަސްކޮށް އަޅާފައިވާ އެންމެ މަޝްހޫރު ޓަލަކީ ޔޫރަޕް ބައްރާއި އިނގިރޭސި ވިލާތް ގުޅާލާ ޗެނަލް ޓަނަލްއެވެ. ކަނޑު އަޑިން ޗެނަލް ޓަނަލް އަޅާފައިވަނީ އިންގްލިޝް ޗެނަލް ހުރަސް ކޮށެވެ. ޗެނަލް ޓަނަލްގެ ދިގުމިނުގައި 50.46 ކިލޯ މީޓަރ ހުރެއެވެ. 1988ގައި ފެށި މަސައްކތް ނިންމުނީ 1994ގައެވެ. ޗެނަލް ޓަނަލަށް 21.8 ބިލިޔަން ޕައުންޑާ އެއްވަރު އަދަދެއް ހަރަދުވެފައިވެއެވެ. ދިވެހި ރުފިޔާގެ ނިސްބަތުން އެއީ 421.4 ބިލިއަން ރުފިޔާއެވެ.

ޗެނަލް ޓަނަލް

ދުނިޔޭގެ އެންމެ ދިގު ޓަނަލް އޮތީ ޖަޕާނުގައެވެ. ޓެކްނޮލޮޖީއާއި ހުނަރާއި މަސައްކަތުގެ ގޮތުން އެންމެ ކުރިއަރާފައިވާ ޖަޕާނުގައި 53.85 ކިލޯ މީޓަރުގެ ޓަނަލެއް ބިނާކުރަން 7 ބިލިޔަން އެމެރިކާ ޑޮލަރު 1988 ވަނަ އަހަރު ހޭދަކުރިއެވެ. އިގިރޭސި ވިލާތާއި މުޅި ޔޫރަޕްހެން ގުޅިގެން ބިނާކުރި ޗެނަލް ޓަނަލަށް 421 ބިލިއަނަށް ވުރެ ބޮޑު ހޭދައެއް ހިގާފައިވާއިރު ފުށިދިއްގަރުފަޅާއި މާލެއާއި ދޭތެޜޭ މާ ކަނޑުގައި 14 ކިލޯ މީޓަރުގެ ޓަނަލެއް އަޅަން 100 ބިލިއަން ރުފިޔާއަށް ވުރެ އެންމެ ސެންޓެއްވެސް އަގު ހެވެއް ނުވާނެއެވެ. ޓެކްނޮލޮޖީއެއް ފަންނީ ހުނަރެއް ވަސީލަތެއް މޭންޕަވަރއެއް ނެތް ރާއްޖެ ކަހަލަ ގައުމަކަށް ފުން ކަނޑުގައި 14 ކިލޯ މީޓަރުގެ ޓަނަލެއް އަޅަން މި ޒަމާނުގައި 7 ބިލިޔަން ޑޮލަރ ހަރަދުނުކޮށް ސަލާމަތް ވިއްޔާ މުޅި ހުވަދޫ ކަނޑުގައި ބޯފޮޅި އަޅާނަމެވެ.

]]>
Tue, 23 Jan 2024 16:38:36 +0500 ހީރަސްނިއުސް
މޫދުއަޑީން ފުރަތަމަ ކަރަންޓް ގުޅާލުމުގެ ޝަރަފް ފެނަކައަށް https://heerasnews.com/1745 https://heerasnews.com/1745 ފުރަތަމަ ފަހަރަށް މޫދުއަޑިން ކަރަންޓް ކޭބަލެއް އަޅައިގެން މީހުން ދިރިއުޅޭ ރަށަކަށް ކަރަންޓް ފޯރުކޮށް ދިނުމުގެ ޝަރަފް ފެނަކަ ކޯޕަރޭޝަނުން ހޯދައިފިއެވެ. ފަރެސްމާތޮޑާ އެއަރ ޕޯޓްގައި އަލަށް އިމާރާތްކުރި އިންޖީނުގޭގެ ކަރަންޓް ވިއުގައާއި ފަރެސް މާތޮޑާގެ ކަރަންޓް ހިދުމަތުގެ ވިއުގައާއި ގުޅާލީ މޫދުއަޑީގައި އެކަމަށް ހާއްސަކޮށް އެޅި ކޭބަލަކުންނެވެ. 

ފަރެސް މާތޮޑާއަށް ކަރަންޓުގެ ހިދުމަށް ކަށަވަރުވެގެން ދިޔަ ބޮޑު ނެޓްވޯކާ ގުޅިފައިވާ ފަރެސްމާތޮޑާ އެއަރޕޯޓްގައި އަލަށް އިމާރާތްކުރި އިންޖީނުގެ އިމާރާތްކޮށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރީ ސައްތައިން ސައްތަ ދިވެހިންނެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުގެ މޭސްތިރި ކަމުގައި ފެނަކައަށް ގެނެވޭ އިންގިލާބީ ބަދަލުގެ ތެރެއިން ފަރެސް މަތޮޑާ އެއަރޕޯޓް އިންޖީނުގެއަކީ 10 މެގަވޮޓްގެ ކަރަންޓް އުފެއްދޭވަރުގެ ގާބިލުކަން ހުރި އެންމެ މި ޒަމާނުގެ އިންޖީނުގެއެކެވެ.

50 އަހަރު ވަންދެން ހިދުމަތް ދިނުން ކަށަވަރުކޮށްދޭ ފަރެސްމާތޮޑާ އެއަރޕޯޓް އިންޖީނުގެއަކީ އެއްގޮތަކަށްވެސް ބޭރަށް އަޑު ނުއިވޭ މުޅިން ސައުންޑް ޕްރޫފް އިންޖީނުގެއެކެވެ. ފަރެސް މާތޮޑާ އެއަރޕޯޓް އިންޖީނުގެއަކީ ފެނަކަ ކޯޕަރޭޝަނުން ހިންގާ ބަލަހައްޓަ ތަނެއް ކަމުގައި ވަނީ ހަމަޖެހިފައެވެ. 

ފަރެސް މާތޮޑާ އެއަރޕޯޓް އިންޖީނުގޭގެ ކަރަންޓް ވިއުގައާއި ފަރެސް މާތޮޑާ ކަރަންޓް ވިއުގައާއި ކަނޑުއަޑީ ކޭބަލަކުން މޫދުއަޑިން ގުޅާލުމުގެ މަސައްކަތް ނިމުމުން ދެވިއުގަ ގުޅާލުން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. މި ހިދުމަތަކީ ވެސް ރައީސް ސޯލިހުގެ ވެރިކަމުގައި މުޅިން އަލަށް ފަށާ މަސައްކަތް ނިންމާ އިފްތިތާހުކުރި ހިދުމަތެކެވެ. 

]]>
Sun, 13 Aug 2023 19:19:46 +0500 ހީރަސްނިއުސް
އެސްޓީއޯ ސްމާރޓް ފިހާރަ: ކޭޝިއަރުން ނުތިބޭނެ https://heerasnews.com/1681 https://heerasnews.com/1681 އެސްޓީއޯ އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގަމުން ދިޔަ ފިހާރަ ސްމާޓް ފިހާރައަކަށް ބަދަލުކުރުމަށް ފަހު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ކޭޝިއަރުން ނުތިބޭ ސްމާޓް ފިހާރަ ހުޅުއްވާ ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ އިތުރުން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ސްމާޓް ފިހާރައިން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ފިހާރައިގައި ހުންނަ އޭއައި ކެމެރާ ތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންވެއެވެ.

ސްމާރޓް ފިހާރައިން މީހަކު އެއްޗެއް ގަންނައިރަށް ފިހާރައިގައި ހުރި މުދަލުގެ ހިސާބުތައް ވެންޑާއަށް އެޕްލިކޭޝަނުން ނޯޓިފިކޭޝަނެއް ދާނެއެވެ. އޭރުން މުދާ ރީސްޓޮކް ކުރަން ވެންޑާއަށް އެނގޭނެއެވެ. އަލަށް ގާއިމު ކުރި ސްމާރޓް މި ޓެކްނޮލޮޖީއާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށްދީ, ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތަކެއް ނާރާނެއެވެ.

އެސްޓީއޯ ސްމާރޓް ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެޕް ސްޓޯރ އަދި ޕްލޭ ސްޓޯރުންވެސް މި އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެއެވެ.

ގްރެބް އެންޑް ގޯ އެޕްލިކޭޝަންގައި އެ މީހެއްގެ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު ރަޖިސްޓްރީކޮށް ލޮގިންއެއް ހަދަން ޖެހޭނެ އެވެ. ކާޑު ރެޖިސްޓަރ ކުރާ ހިސާބުން 3ރ. ޗާޖު ކުރާނެއެވެ. އަދި ކަސްޓަމަރު ހަދާ ފުރަތަމަ ޓްރާންސެކްޝަނުގައި އެ 3ރ. ހިމެނޭނެއެވެ.

ސްމާޓް ފިހާރައަށް ވަދެވޭނީ އެޕުން ޖެނެރޭޓު ކުރާ ކިޔުއާރު ކޯޑު ސްކޭން ކޮށްލުމުންނެވެ. ފޯނު އަތުގައި ނޯންނަ ހާލަތުގައިވެސް އެޕްލިކޭޝަނުގައި ހިމަނާފައިވާ ފޭސް ރިކޮގްނިޝަން ފީޗާއިން މޫނު ސްކޭން ކޮށްލުމަށް ފަހު ފިހާރައަށް ވަދެވޭނެއެވެ.

ގަތް ތަކެއްޗަށް ފައިސާ ދެއްކޭނީ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާ އެއް މެދުވެރިކޮށް ކަސްޓަމަރު ފިހާރައިން  ނިކުންނަ އިރުއެވެ.

ފިހާރައަށް ވަދެ ބޭނުންވާ މުދާ ހަރުތަކުން ނަގަމުންދާ އިރު، ވާޗުއަލް ކާޓަކަށް އެ އެއްޗެހި އިތުރުވަމުން ދާނެއެވެ. އަލުން އެ އެއްޗެއް ހަރަށް ލައިފި ނަމަ، ކާޓުން އެ އެއްޗެއް އުނިވާނެއެވެ. ހަރުތަކުގައި ގާއިމުކޮށްފައި ހުންނަ ސެންސަރު ތަކުންނާއި ފިހާރައިގައި ހަރުކޮށްފައިވާ ކެމެރާތަކުން އެކަން ދެނެގަންނަމުން ދާނެއެވެ.

"ގްރެބް އެންޑް ގޯ" ކޮންސެޕްޓަކީ 2016 ވަނަ އަހަރު ދުނިޔެއަށް ތައާރަފުކޮށްފައިވާ ކޮންސެޕްޓެކެވެ.  ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީ ރާއްޖޭގައި އަލަށް ތައާރަފް މިކުރީ އެސްޓީއޯ އިންނެވެ.

]]>
Thu, 27 Jul 2023 17:21:04 +0500 ހީރަސްނިއުސް
އެމްޕީއެލް ކޮމިއުނިޓީ ފަންޑު: ފުރަތަމަ ބުރަށް ބޮޑު ތަރުހީބެއް https://heerasnews.com/1606 https://heerasnews.com/1606 އަހަރަކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ހޯދުމަށް މިއަހަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފުރުސަތު ހުޅުވާލީ  އޭޕްރީލް މަހުއެވެ. ފަންޑުގެ ފުރަތަމަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު 31 މެއި 2023 އަށް ހަމަވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 49 ޕްރޮޕޯސަލެއް ލިބިފައިވެއެވެ. ހުށަހެޅި ޕްރަޕޯސަލްތަކުގެ ތެރެއިން އިވެލުއޭޝަނަށް ޝަރުތު ހަމަވީ 31 އެޕްލިކޭޝަނެކެވެ.

އެމްޕީއެލް ކޮމިއުނިޓީ ފަންޑަށް އެންމެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމާއަތްތަކުންނެވެ. އެއީ 27 ޕްރަޕޯސަލެވެ. ސްކޫލްތަކުން 13 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު ކައުންސިލްތަކުން 5 އެޕްލިކޭޝަނެއް ހުށަހަޅާފައިވެއެވެ. އަމިއްލަ ފަރާތްތަކުން ހުށަހަޅަފައިވަނީ 4 އެޕްލިކޭޝަނެވެ. އެޕްލިކޭޝަންތައް ރިވިއުކުރުމުގެ މަރުޙަލާގެ މަސައްކަތް މިހާރު ދަނި ކުރިއަށެވެ. ރިވިއުކުރުން ކުރިއަށް ދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް އެ ކުންފުނިން ކަނޑައަޅާފައި އޮވެއެވެ. ޕޮއިންޓް ދިނުމުގައި އދގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓް ތަކަށް 40 އިންސައްތަ ދޭނެއެވެ. އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް ދޭނީ 20 އިންސައްތައެވެ. ޕްރޮޖެކްޓް ޕްލޭނާއި އިމްޕްލިމެންޓް ކުރާ ގޮތަށް 30 އިންސައްތަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލަށް ވެސް 10 އިންސައްތަ ދޭނެއެވެ

ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމަށް އިސްކަން ދޭ މި ފަންޑަށް އަހަރަކު 600،000 ރުފިޔާ ކަނޑައަޅާފައިވާއިރު އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމާފައެވެ. އެގޮތުން ދެވޭނީ 50،000 ރުފިޔާގެ ކުދި 8 މަޝްރޫއަށާއި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށެވެ. . 

]]>
Sat, 08 Jul 2023 13:09:02 +0500 ހީރަސްނިއުސް
ސްޓެލްކޯއަށް އާރޯ ޕްލާންޓް އުފެއްދުމުގެ ގާބިލްކަން ލިބިއްޖެ https://heerasnews.com/1540 https://heerasnews.com/1540 ކަރަންޓުގެ ހިދުމަތް ދޭން ސަރުކާރުން އުފެއްދި ކުންފުނި ސްޓެލްކޯ ކުރިއަރައިގޮސް މިހާރު ވަނީ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްވެސް ދޭން ފަށާފައެވެ. ފެނާ ނަރުދަމާގެ ހިދުމަތަކީ ސްޓެލްކޯ އަށް އާ ދެ ހިދުމަތެވެ.

ނަމަވެސް މިހާރު ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެހެން ކުންފުނިތަކާއި އެއްވަރުގެ ހުނަރުވެރި ގާބިލް ކުންފުންޏަކަށް ސްޓެލްކޯ ވެއްޖެއެވެ. ފެނާ ނަރުދަމަގެ ހިދުމަތް އެންމެ ޒަމާނީ ފެންވަރުގައި ދެވޭވަރުގެ ގާބިލު މުވައްޒަފުންތަކެއް ސްޓެލްކޯގައި އުފެއްދިފައި އެބަތިއްބެވެ.

އާރޯ ޕްލާންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯއަށް ލިބިގެންވެއެވެ. ބޯ ހޯލް ތޮރުފުމުގެ ގާބިލްކަން ވެސް ސްޓެލްކޯގައި އެބަހުއްޓެވެ. އެ ޔަގީންކަން ރައްޔިތުންނަށް ދެއްވަނީ ސްޓެލްކޯގެ ކުޅަދާނަ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.

ޝަރީފް އެޔަގީންކަން ދެއްވީ ސްޓެލްކޯއަށް 26 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

]]>
Tue, 20 Jun 2023 16:36:22 +0500 ހީރަސްނިއުސް
ފެނަކައިން އިޔާދަކުރަނިވި ހަކަތަ ލ.ގަމަށް https://heerasnews.com/1427 https://heerasnews.com/1427 ގިނަ ބަޔަކަށް ފެނަކަ ސިފަވެފައި ވަނީ ހަމައެކަނި ޑީސަލް އަންދައިގެން ކަރަންޓު އުފައްދާ ކުންފުންޏެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ފެނަކައަކީ އިިޔާދަކުރަނިވި ހަކަތައަށް ރައްޓެހި، އަދި ތިމާވެށި ރައްކާތެރި ކުރުމަށް ބާރުއަޅާ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށް ދޭން މަސައްކަތް ކުރާ ކުންފުންޏެއްކަން އެނގެނީ ކިތައް މީހުނައް ބާވައެވެ. މި ގޮތުން އިޔާދަ ކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ހިންގައި ބެލެހެއްޓުމަށް ހާއްސަ ޑިޕާޓްމަންޓެއް ފެނަކައިގައި ވަނީ ކުރިއްސުރެ ގާއިމް ކޮށްފައެވެ. ފެނަކައިގެ ޓެކްނިކަލް ސާރވިސް އެންޑް ގްރީން އެނާޖީ ޑިޕާރޓްމަންޓުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ސޯލާޕެނަލްތައް ހަރުކުރަމުންނެވެ.

މިގޮތުން އެންމެ ފަހުން ސޯލާޕެނަލް ހަރުކުރީ ލ.ގަމު އިޖުތިމާއީ ސެންޓަރުގައެވެ. މިއީ ފެނަކަ އާއި އެ ރަށުގެ ރަށު ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދެވުނު މަޝްރޫއެކެވެ.

ފެނަކައިން ބުނާގޮތުގައި މި ހަރުކުރެވުނު ސޯލާޕެނަލްއިން އުފައްދާ ކަރަންޓު ބޭނުން ކުރަން ފެށުމުން ކުރިން ކަރަންޓުބިލައް އަރަމުން އައި 10,805.45 ރުފިޔާ 1552.02 ރުފިޔާއަށް ބަދަލުވެގެން ދާނެއެވެ. މިއީ ގާތްގަނޑަކަށް ހަ ގުނައަށް ވުރެ ބޮޑު އަގު ހެޔޮވުމެކެވެ.

]]>
Mon, 22 May 2023 14:25:57 +0500 އުރޫ
ތޮއްޑޫގައި ސްޓެލްކޯގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކެއް https://heerasnews.com/1396 https://heerasnews.com/1396 ފުޅާދާއިރާއެއްގައި ބޮޑު ބަދަލުތަކަކާއެކު އާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކެއްގެ މަސައްކަތްތަށް ބާރު ދުވެލީގައި އއ.ތޮއްޑޫގައި ސްޓެލްކޯއިން ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.ސްޓްރެޓެޖިކް ހަތަރު ތަނެއްގައި ސަބްސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮޖެކްޓްގެ އަމާޒަކީ ތޮއްޑޫގައި އެތައް އަހަރެއް ވަންދެން ކުރިމަތިވެފައިވާ ވޯލްޓޭޖް ޑްރޮޕްގެ މައްސަލައަށް  ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

ގުދުރަތީ ރީތިކަމާއި ކުރިއަރަމުން އަންނަ ދަޑުވެރިކަމަށް މަޝްހޫރު، ހަރުދަނާ މުޖުތަމައުއެއް  ދިރިއުޅެމުންގެދާ ތޮއްޑޫއަކީ ޒަމާނުއްސުރެ ކަރަންޓުގެ ސަޕްލައި އާއި ވޯލްޓޭޖް ޑްރޮޕްވުމުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ބަޔަކު ދިރިއުޅެމުންދާތަނެކެވެ. މި ގޮންޖެހުންތަކުގެ ސަބަބުން ރަށުގެ ކުރިއެރުމަށް ހުރަސްއެޅި، ވިޔަފާރިތަކަށާއި ރަށްވެހިންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ނަމަވެސް ސްޓެލްކޯގެ ދުރުރާސްތާ ޕްލޭންތަކުގެ ދަށުން، އާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ފެށުމުން ޒަމާނުއްސުރެ ދިމާވެފައިވާ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމައް ސްޓެލްކޯ ހާމަކުރެއެވެ.

ރަށުގެ އެކި ކަންކޮޅުތަކުން ހޮވާލެވިފައިވާ ހަތަރު ތަނެއްގައި ސަބްސްޓޭޝަން ހަރުކުރުމަކީ މި މަޝްރޫޢުގެ ވަރަށް މުހިންމު ކަމެކެވެ. މި ސަބްސްޓޭޝަންތައް ކޮންޓްރޯލް ސެންޓަރެއްގެ ގޮތުގައި މަސައްކަތްކޮށް، ތޮއްޑޫގައި ކަރަންޓު ދައުރުވާ މިންވަރު ހަރުދަނާގޮތެއްގައި މެނޭޖްކޮށް ރެގިއުލޭޓް ކުރާނެއެވެ.

]]>
Wed, 17 May 2023 13:16:28 +0500 އުރޫ
އެމްޕީއެލް: ސަލާމަތާ ރައްކާތެރިކަން ކަށަވަރު https://heerasnews.com/1095 https://heerasnews.com/1095 ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ހަރުދަނާ އުސޫލެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ގާއިމުކޮށްފިއެވެ. ގާއިމު ކުރެވުނު ރައްކާތެރިކަން ކަށަވަރުކޮށްދޭ ނިޒާމުގެ ދަށުން އެމްޕީއެލްގެ މަސައްކަތު ސަރަހައްދަކީ ރައްކާތެރި މަސައްކަތު ވެއްޓެއްކަން ކަށަވަރުކޮށް ދެއެވެ. 

ޕޯޓްގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން ތަމްރީނު ލިބިފައި ތިބި ބަޔަކު ގަވައިދުން މޮނިޓަރކޮށް އިންސްޕެކްޓް ކުރެވޭ ގޮތައް ތަރުތީބު ވެފައިވާ ނިޒާމަކުން ފާރަވެރިވެވޭ އެމްޕީއެލް ސަރަހައްދަކީ މަސައްކަތުގެ ވަގުތުގައި ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށް ދެއެވެ. ސަލާމަތާ ރައްކާތެރި ކަމާގުޅޭ ޝަކުވާތައް ހުސްވެގެންވާ ވިޔަފާރި ބަދަރަކަށް އެމްޕީއެލް ސަރަހައްދު ވެގެން ދެއެވެ. ސަލާމަތީ މިންގަނޑު ތަކަށް ބަރާބަރަށް ފެތިފައިވާ ހަރަކާތްތެރި ބަނދަރަކަށް އެމްޕީއެލް ސަރަހައްދުވެގެން ހިނގައްޖެކަން އެންމެނަށް ކަށަވަރު ކޮށްދެވެއެވެ. 

]]>
Thu, 02 Mar 2023 16:05:30 +0500 ހީރަސް
ވަޓްސިލާގެ ހިފެހެއްޓުމެއް ނެތް ޝުކުރު ސްޓެލްކޯއަށް https://heerasnews.com/742 https://heerasnews.com/742 ފިންލޭންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވަޓްސިލާ ކުންފުނިން ހިފެހެއްޓުމެއް ނެތި ސްޓެލްކޯއަށް ތައުރީފް ކޮށްފިއެވެ. ވަޓްސިލާއިން ސްޓެލްކޯއަށް ތައުރީފް ކޮށްފައިވަނީ އެ ކުންފުނީގެ ވެބްސައިޓްގައި https://www.wartsila.com/insights/article ޝާއިއުކޮށްފައިވާ ލިޔުމެއްގައެވެ.

ސްޓެލްކޯއާއި ވަޓްސިލާ ވަނީ 30 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ބަދަހި ގުޅުމެއް ދަމަހައްޓާފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއްކަމުގައިވާ ދިވެހިރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމުގައި ސްޓެލްކޯއިން ވަޓްސިލާ ހަދާދީފައި ވާކަމަށް ވެއެވެ.

މާލޭގެ ބޮޑު އިންޖީނުގޭގައި 1990 ވަނަ އަހަރު ބަހައްޓާ ހިންގަންފެށި ވަޓްސިލާ އިންޖީނާއި ހިސާބުން ފެށުނު ގުޅުމަށް 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އެ ގުޅުމުގެ ތެރެއިން ސްޓެލްކޯ ބޮޑެތި ކާމިޔާބީ ތަކެއް ހާސިލްކޮށްފައިވާ ކަމަށް ވަޓްސިލާގެ ލިޔުމުގައި ބުނެފައި ވެއެވެ.

މާލެއާއި ހުޅުމާލެއާއި އަތޮޅުތަކަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ވަޓްސިލާއިން އިންޖީނު ފޯރުކޮށްދީ ސްޕެއަރޕާޓްގެ ހިދުމަތާއި ތަމްރިނާއި ތަޖުރިބާ ބަދަލު ކުރުމުގެ ގިނަގުނަ ހަރަކާތްތައް ހިންގާފައިވެއެވެ.

ސްޓެލްކޯއަކީ ރޭވުންތެރިކަމާއި ހުނަރުވެރިކަމާއި ގާބިލުކަމާއެކު ހިދުމަތް ދިނުމުގައި ދެވަނައެއް ނެތް ކުންފުންޏެއް ގޮތުގައި ވަޓްސިލާ ސިފަކުރެއެވެ. ޔަގީންކަމާ އިތުބަރާއެކު ހިދުމަތަށް އަހުލުވެރި ހީވާގި ޓީމެއްގެ ގޮތުގައި ވަސިލާއިން ސްޓެލްކޯ ސިފަކުރެއެވެ.

2030 ގައި ރާއްޖެއަކީ ނެޓްޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ސްޓެލްކޯއިން ކުރަމުން ގެންދާ މަސައްކަތުގައި އެއްމެ މުހިންމު އެއް ބައިވެރިއެއްގެ ގޮތުގައި ވަޓްސިލާ ބައިވެރިވަމުން ގެންދާ ކަމަށް ފަހުރުވެރި ކަމާއެކު ވަޓްސިލާއިން ފާހަގަ ކުރެއެވެ.

ވަޓްސިލާ-ސްޓެލްކޯ ގެ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ބަދަހި ގުޅުމާއި އުފެދިފައިވާ އިތުބާރުގެ ތެރެއިން މަލޭގެ މައި އިންޖީނުގެއަށާއި ހުޅުމާލެ އިންޖީނުގެއަށް އެންމެ އެކަށީގެންވާ އިންޖީނާއި ސްޕެއަރޕަރޓްސްއާއި ފަންނީ އެހީތެރކަން ފޯރުކޮށް ދީފައިވެއެވެ. ހަމަ އެހެންމެ އަތޮޅު ތަކުގެ ބައެއް ރަށްރަށަށް އެރަށަކާއި އެކަށީގެންވާ އިންޖީނު ފޯރުކޮށް ދިނުމުގައި ސްޓެލްކޯއިން ވަޓްސިލާއަށް ފުރުސަތު ފަހިކޮށް ދީފައިވާކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރެއެވެ.

]]>
Sun, 27 Nov 2022 12:00:26 +0500 ހީރަސް
ހެޔޮވެރިކަން: ފެނަކައިން މުއައްޒަފުން ތަމްރީނު ކުރަން ފެށުން https://heerasnews.com/713 https://heerasnews.com/713 މިފްކޯގެ 14 އައިސް ޕްލާންޓެއް ހިންގާ ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. އައިސް ޕްލާންޓްތައް ހިންގާ ބެލެހެއްޓުމަށް ބެނުންވާ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ފެނަކައިން މިއަދު ފަށައިފިއެވެ. ތަމްރީނުތައް ކުރިއަށް ދާނީ ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެންނެވެ.

މިފްކޯއިން ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސްޕްލާންޓަކީ:

  • ހއ. އިހަވަންދޫ
  • ނ. ޅޮހި
  • ރ. އަލިފުށި
  • ބ. ތުޅާދޫ
  • ފ. ނިލަންދޫ
  • ތ. ހިރިލަންދޫ
  • ގއ. ދާންދޫ
  • ގއ. ދެއްވަދޫ
  • ގއ. ގެމަނަފުށި
  • ގއ. ކޮލަމާފުށި
  • ގދ. ފިޔޯރީ
  • ގދ. ފަރެސްމާތޮޑާ
  • އައްޑޫސިޓީ ހިތަދޫ އައިސް ޕްލާންޓެވެ.

އައިސް ޕްލާންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީންކުރުމަށްޓަކާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި ފެނަކަ ގުޅިގެން ހިންގަނީ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެކެވެ. ކޯހުގައި 32 މުވައްޒަފުން ބައިވެރިވެއެވެ. މި ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި، މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމެވެ.
ކޮންމެ އައިސް ޕްލާންޓަކަށް މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވޭ މި ކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.

]]>
Sat, 19 Nov 2022 18:40:19 +0500 ހީރަސް
ހެޔޮވެރިކަން: ފެނަކަ އިންގިލާބީ ބޮޑުބަދަލަކަށް https://heerasnews.com/704 https://heerasnews.com/704

ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެނަކައިން ދޭން ފެށި ފެށުމަކީ ރާއްޖޭގެ ހަކަތައިގެ ނިޒާމަށް ގެނެވުނު އިންގިލާބިީ ބޮޑު ބަދަލެކެވެ. ހޯދި ބޮޑު ކުރިއެރުމެކެވެ. ކަރަންޓް މީޓަރު ޓެސްޓު ކުރުން އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް މިއަދު ފެނަކައިން ގެނެސް ފިއެވެ. ކަމަކީ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމެކެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވި ފަދައިން ފެނަކައިން މީޓަރ ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަކީ މުޅި ރާއްޖޭގެ ހަަކަތައިގެ ސިނާއަތަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ. ރައްޔިތުން މީޓަރ ޓެސްޓު ކުރުމަށް އެތައް ހަފްތާއެއް މަޑުކުރަން ޖެހުނު ޖެހުން މިހާރު ނިމުމަކަށް އެގެނެއީ ފެނަކައިންނެވެ. ބޮޑެތި އިމާރާތްތައް ކުރުމުގައި ގިނަ ބައެއްގެ ޝަކުވާއާއި ކަންބޮޑުވުން ގުޅިފައިވާ މީޓަރ ޓެސްޓު ކުރުން ލަސްވުމުގެ މައްސަލައަށް ހޯދާދެވުނު ލުޔަކަށް މިކަން ވެގެން ހިގައްޖެއެވެ.

ފޮޓޯ:ޕީއެސްއެމް

ފެނަކައިން މީޓަރ ޓެސްޓް ކުރުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފާފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ އާބާދީ ބޮޑު 2 ސަރަހައްދެއްގައި ހިދުމަތް ފެށުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްޑީ ސައީދު ވިދާޅުވެއެވެ. މާލެއަށް ފަހު މީޓަރ ޓެސްޓް ކުރުމުގެ ހިދުމަތް އެންމެ އަވަހަށް ދޭން ފެށުމަށް ތައްޔާރުވަމުން އަންނަނީ އައްޑޫ ސިޓީއާއި ބޮޑުތިލަދުންމަތީ ސަރަހައްދުގައެވެ.

މީޓަރެއް ޓެސްޓުކުރުމަކީ މީގެކުރިން އެތައް ދުވަހެއް ނެގި ކަމެއްކަމަށާއި މި އަދުވަނީ މީޓަރ ޓެސްޓް ކުރުން ވެސް އަވަސްވެ ސްމާރޓް ހިދުމަތަކަށް ބަދަލު ކޮށްލެވިފައި ކަމަށް ފެނަކައިގެ ޗެއަރމަން މުހައްމަދު ރަޝީދު ވިދާޅުވި ވިދާޅުމަކީ ވަރަށް ބޮޑު ތެދުފުޅެކެވެ.

ގަޑިއަކު 75 މީޓަރު އެއްފަހަރާ ޓެސްޓު ކުރެވޭނެ އިންތިޒާމު ފެނަކަ ކޯޕަރޭޝަންއިން މިހާރު އެވަނީ ގާއިމުކޮށްފައެވެ. ފެނަކައިގައި ގާއިމު ކުރެވިފައި ވަނީ މީޓަރ ޓެސްޓް ކުރުމުގެ އެންމެ ޒަމާނީ ވަސާލަތެވެ. މީޓަރ ޓެސްޓު ކުރުމަށް އެދޭ ފަރާތްތަކުން ފެނަކަ ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަ ކޮށްލުމަށް ފަހު މީޓަރު ފެނަކައިގެ ކައުންޓަރާ ހަވާލު ކުރުމުން މާގިނަ ވަގުތު ތަކެއް ނުނަގާ މީޓަރު ޓެސްޓު ކުރެވޭނެ އިންތިޒާމް ފެނަކައިން ވަނީ ކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދާއި ޗެއަރމަން މުހައްމަދު ރަޝީދު ރަސްމީކޮށް މީޓަރ ޓެސްޓު ކުރުން އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފޮޓޯ:ޕީއެސްއެމް

ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އަމާޒަކީ ލުއިފަސޭހަ ކަމާއެކު ހެޔޮ އަގުގައި ހަލުވި ކަމާއެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށް ދިނުމެވެ. ރައީސްގެ ލަނޑު ދަނޑިތައް ހާސިލުކޮށް ދެއްވުމަށް ފެނަކަ ކޯޕަރޭޝަންގެ ކުޅަދާނަ އެމްޑީ އަހުމަދު ސައީދު މުހައްމަދުގެ އިސްނެންގެވުމާ އެކު ފެނަކަ ޓީމުން ހޯދާ ކާމިޔާބީ ތަކަށް ގިނަ ރައްޔިތުން ކުރުނީސް ކުރެއެވެ.

]]>
Thu, 17 Nov 2022 15:50:04 +0500 ހީރަސް
އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލުން https://heerasnews.com/634 https://heerasnews.com/634

ލިބިފައި އޮންނަ ލުއި ފަސޭހަ ނުހަމަ ގޮތުގައި ބޭނުން ކުރުމުގެ ނުބައި އާދަ ރާއްޖޭގައި ވެސް ވަރަށް ބޮޑެވެ. ލިބޭ ކޮންމެ ލުޔެއްގެ ނާޖާއިޒު ފައިދާ ނެގުމުގެ ނަތީޖާއަކީ ދީފައި އޮންނަ ލުއިތައް ބަންދު ވުމެވެ. ދަތިވެ އުނދަގޫ ވުމެވެ. ބަޔަކު ކުރާ ކަމެއްގެ ސަބަބުން ގޯހެއް ނުހަދާ ރަނގަޅު ގޮތުގައި އުޅޭ މީހުނަށް ވެސް ދައްޗާއި އުދަގޫ ތަހައްމަލު ކުރާން ޖެހުމެވެ.

މުއާސަލާތީ ހިދުމަތަށްޓަކައި ދޫކުރެވޭ ސިމްކާޑަށް ވެސް މި ޖެހެނީ އެ ދަތުރެވެ. ސިމް ލިބެން އޮތް ފަސޭހަ މަގު އެކީ އެކައްޗަކަށް ބަންދު ވަނީއެވެ. ރަޖިސްޓްރީ ނުކުރާ ސިމް ބޭނުން ކޮށްގެން ބަޔަކު ސްކޭމް ކޯލްކޮށް ބޮޑެތި ޖަރީމާތައް ހިންގުން ހައްދު ފަހަނަ އަޅައިގެންނެވެ.

ރަޖިސްޓްރީ ނުކޮށް ޕްރީ އެކްޓިވޭޓަޑް ސިމް ދޫކުރުން ހުއްޓާލަނީއެވެ.  ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން އެ ފިޔަވަޅު ނާޅާ ވޭތޯ ވަރަށް ބަލައިފިއެވެ. މުއާސަލާތީ ހިދުމަތް ދޭ ކުންފުނި ތަކުގެ ވިޔަފާރިއަށް ވެސް އެ ކަމުގެ އަސަރު ކުރާނެއެވެ. އެހެން ނަމަވެސް އެހެން ގޮތެއް މިއަދަކު ނެތެވެ. ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ކުންފުނި ތަކުން އަމަލު ކުރަން ޖެހޭ އުސޫލުތައް ލުއިކޮށް އޮތުމުން ރަޖިސްޓްރީ ނުކޮށް ހުންނަ ސިމްތައް ބޭނުން ކޮށްގެން ސްކޭމް ކޯލް ކޮށްގެން މީހުނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ބަޔަކު އެބަދެއެވެ. ހަޑިމުޑުދާރު އަމަލު އެބަ ހިންގައެވެ. ފުރާނަޔާ ހަށިގަނޑަށް ގެއްލު ދިނުމަށް މަގުފަހި ކުރާ އެއްޗަކަށް ރަޖިސްޓްރީ ނުކުރާ ސިމް ވެފައި އެބަހުއްޓެވެ.

އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ މައްސަލަ ތަހުގީގު ކުރުމުގައި ވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިމް ތަކުގެ ރަޖިސްޓްރޭޝަންގެ މައްސަލައެވެ. ކާކުގެ ސިމެއްކަން ހޯދަން ދަތިވެ ސިމާ ޒިންމާވާ ފަރާތެއް ނެތިގެންނާއި ނޭނގިގެން ތަހުގީގުތައް ހުއްޓި ހައްގުތައް ގެއްލި ދެއެވެ. ސިމް ވިއްކުމުގައި ލިމިޓެއްނެތި އެކަކަށް އެތައް ސިމެއް ރަޖިސްޓްރީ ނުކޮށް ވިއްކޭ ވިއްކުން ވެސް ބޮޑު މައްސަލައެއް ގޮތުގައި ފުލުހުން ފާހަގަ ކުރެއެވެ. 

ސިމް ވިއްކުމާއި ރަޖިސްޓްރީ ކުރުމުގެ އުސޫލުތައް އޮތަސް ސިމް ވިއްކުމުގެ ވިޔަފާރީގައި އުޅޭ ބައެއް އެޖެންޓުންނާއި ރީސޭލް ކުރާ ފަރާތްތަކުން އެ އުސޫލުތަކަށް އެންމެ ރަނގަޅަށް އަމަލެއް ނުކުރެއެވެ. ސިމް ވިއްކާ ފަރާތުގެ މައުލޫމާތު ހިމެނޭ ރަޖިސްޓްރޭޝަން ފޯމް އެއް މަސް ތެރޭގައި ސާވިސް ޕްރޮވައިޑަރަށް ފޮނުވައި ރަޖިސްޓްރީ ކުރަން ޖެހުނަސް އެތައް މަހެއް ވާއިރު ވެސް ރަޖިސްޓްރީ ނުކުރެވެއެވެ. އެއްގޮތަކަށް ވެސް ރަޖިސްޓްރީ ނުކޮށް ވެސް އެބަހުރެއެވެ. މިހުރީ ހައްތަހާ ވެސް ބޮޑެތި ކަންބޮޑުވުމެވެ.  

ވިއްކަނީ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމްތަކެއް ކަމުން ކަސްޓަމަރު އަތަށް ސިމް އަރާ ގޮތަށް ރަޖިސްޓްރީ ނުކުރިޔަސް ބޭނުން ކުރެވެއެެވެ. ބޭނުން ކުރެވޭތީ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރަން އާއްމު ކަސްޓަމަރު ވެސް ބޭނުމެއް ނުވެއެވެ. އަމްދުން ސްކޭމް ހިންގާ މީހުން ސިމް ރަޖިސްޓްރީ ކުރަން ބޭނުމެއް ނުވާނެ ތާއެވެ.

ނުރައްކާ ތެރި މި މައްސަލަ ހައްލު ކުރުމަށްޓަކައި 01 ޑިސެމްބަރ 2022 އިން ފެށިގެން އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލުމަށް ކެމް އިން ވަނީ ނިންމާފައެވެ. އޭގެ ފަހުން ދޫކުރާ ސިމް އެކްޓިވޭޓް ވާނީ މައުލޫމާތު ކަށަވަރު ކޮށް ރަޖިސްޓްރީ ވުމުންނެވެ. މި ބަދަލާ ގުޅިގެން އޮންލައިންކޮށް ސިސްޓަމަކަށް ވަގުތުން ރަޖިސްޓްރޭޝަނަށް ބޭނުންވާ މައުލޫމާތުތައް އަޅާ ރަޖިސްޓްރޭޝަން ނުނިމޭހާ ހިނދަކު އެ ސިމަކީ ޕްލާސްޓިކް ޗިޕެކެވެ. ބޭނުން ކުރެވޭނީ މައުލޫމާތު ފުރިހަމަ ކޮށް ރަޖިސްޓްރީ ވުމުންނެވެ.

]]>
Sun, 30 Oct 2022 16:06:33 +0500 ހީރަސް