Maldives Real Time Facts & : ސަރުއީވެށި https://heerasnews.com/rss/category/ސަގާ Maldives Real Time Facts & : ސަރުއީވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) ފެނަކަ ސައިދަށް ބޭއިންސާފުން އަނިޔާ ނުދީ: އައްބާސް https://heerasnews.com/3629 https://heerasnews.com/3629 ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދަށް ބޭއިންސާފު ހުކުމެއްކޮށްފައި ވާތީ ގދ. ވާދޫގެ ރައްޔިތުން ކުރިއަށް ގެންދިއަ ސުލްހަވެރި ހިނގާލުމާއި ގުޅިގެން ފެނަކަ ސައީދަށް އިންސާފު ހޯދާދެއްވުމަށް ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ. 

މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގިނަ ރައްޔިތުން ތަކެއްގެ ކަންބޮޑުވުންތައް އައްސަވާ ވީހާވެސް ދެފުށް ފެންނާނެ ގޮތަށް އިންސާފުވެރިކޮށް އެކަން ބައްލަވާ ދެއްވުމަށް ދިވެހި ރާއްޖޭގެ ޕްރޮސެކިއުޖެނަރަލްއަށް ގޮވާލާ ކަމަށެވެ. 

ހަމަ އެހެންމެ އިސްތިއުނާފު މަރުހަލާގައި އެއްވެސް ފަރާތެއްގެ ހައްގު ނުގެއްލޭނެ ގޮތަށް ވީހާވެސް އިންސާފުވެރިކޮށް ، އަދުލުވެރިކޮށް މިކަން ބައްލަވާ ނިންމަވާ ދެއްވުމަށް ދިވެހި ރާއްޖޭގެ ޖުޑިސަރީ އަށް ވެސް މެންބަރ އައްބާސް ގޮވާލެއްވިއެވެ.

ސިޔާސީ ބޭނުމެއްގައި ނުވަތަ ޒާތީ ކަމެއް އިސްކޮށް އެއްވެސް ރައްޔިތަކަށް ނުހައްގުން ބޭއިންސާފުން އަނިޔާއެއް ލިބުމަށް ނޭދޭ ކަމަށްވެސް މުހައްމަދު އައްބާސް ވިދާޅުވެފައިވެއެވެ.

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު އަށް ކޮށްފައިވާ ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއްކަމަށް ބުނެ ގދ. ވާދޫގެ ގިނަ ރައްޔިތުން ތަކެއް ކަންބޮޑުވުން ފާޅުކޮށް، އިންސާފުވެރި ޝަރީއަތެއް ގާއިމުކުރުމަށް ގޮވާލާ ސުލްހަވެރި ހިނގާލުމެއް ވަނީ ބާއްވާފައެވެ. އެ ހިގާލުމުގައި ފެނަކަ ސައީދަށް އިންސާފު ހޯދާދިނުމަށް ގޮވާލާ އެކިއެކި ޝުއޫރުތައް ވާދޫގައި ވަނީ ފާޅުކޮށްފައެވެ. 

]]>
Sat, 25 Oct 2025 12:52:57 +0500 އެޑިޓަރ
އަލީ ހުސައިން ހުށަހެޅި ދުސްތޫރީ މައްސަލަވީ ޓައިމްބޮމަކަށް! https://heerasnews.com/3320 https://heerasnews.com/3320 އުސްތާޒް އަލީ ހުސައިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުންވީ ރައީސް މުއިއްޒަށާއި އޭޖީ އުޝާމަށް ޓައިމް ބޮމަކަށެވެ. ސްޕްރީމް ކޯޓުގެ ބެންޗް ރޫޅި ކޯޓު ހުއްޓި ވާގިނެތެން ދިމާވި ޓައިމް ބޮމަކަށް އެކަން ވީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުން ހުއްޓުވުމަށް ސްޕްރީމް ކޯޓަށް މައްސަލައެއް ވަނުމަކީ މުއިއްޒުގެ ބޮލުރޮދި ކަނޑައިގެން ދިޔަކަމެކެވެ. އަނެއްކޮޅުން އެ މައްސަލަ ބޭރުކޮށް ނުލެވުނިއްޔާ އޭޖީ އުޝާމަށް ޖެހެންއޮތް ހާލު ވަކިން ކުޑައެއް ނޫނެވެ. ރައީސް މުއިއްޒު ކައިރީގައި އުޝާމުގެ ދުވަސް ދާނެއެވެ.

އަލީ ހުސައިން އެކުރި ކަމަކުން މުއިއްޒު ރަނގަޅަށް ދުނިޔެ ރަންވެ ގޮތް ހުސްވިއެވެ. ހެދުނު އެއްޗެއް ހަދައިގެން ގޮނޑިގެއްލުން ހުއްޓުވާ ދުސްތޫރީ  މައްސަލަ މުއިއްޒު ބޭނުންވާ ގޮތަށް އަނބުރާލަން ހީލަތްތެރި ގޮތްތައް ހޯދަން އޭޖީ އުޝާމާ ހަވާލުކުރިއެވެ. ވިދާޅުވާ ގޮތަކަށް ގާނޫނީލަފާދޭން ރައީސް އޮފީހުގައި ތިބޭ ބައިގަޑާ ގުޅިގެން އުޝާމް އިޖުރާއީ އިއުތިރާޒް ނަގާ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކުރުމުގެ ރޭވުންތައް އުޝާމް ރާވާ ހިންގާލިއެވެ. 

ސުޕްރީމް ކޯޓަށް އޭޖީން ހުށަހެޅި އިޖުރާއީ ނުކުތާއަށް ބިނާކޮށް މައްސަލަ ބޭރުކުރުމަށް ނުކުރާ ކަމެއް ނެތެވެ. އެޖެންޓުން ފޮނުވައިގެންނާއި އުޝަމް އަމިއްލައަށް ފަނޑިޔާރުނަށް ގުޅައިގެން ވެސް ފަނޑިޔާރުންގެ ބޯކާން ވަރަށް މަސައްކަތް ކުރިއެވެ. ނުފޫޒު ފޯރުވަން ކުރި އެތައް ކަމަކަށްފަހު އިޖުރާއީ ނުކުތާއާ ގުޅުވައިގެން ސުޕްރީމް ކޯޓުން އެ މައްސަލަ ނުބަލައި ބޭރުކޮށްލާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުއަށް އުޝާމް ދިނެވެ. މުއިއްޒާއި މުޅި ސަރުކާރު ގަބޫލުކޮށްގެން ތިބީ ސުޕްރީމް ކޯޓުން މައްސަލަ ނުބަލައި ބޭރުކޮށްލާނެ ކަމަށެވެ.

މައްސަލައިގެ އަޑުއެހުންތައް 17 ފެބްރުއަރީ އާއި 18 ފެބްރުއަރީ 2025 އަށް ތާވަލުކޮށް ކުރިއަށް ގެންދިޔައެވެ. އޭޖީގެ ފަރާތުން ކޯޓްގައި ކުރިއަށް ނެރެފައި އިނީ ނަޒާހަތްތެރިކަމެއް ހުންނަ ކަމަށް ގިނަބަޔަކު ގަބޫލުކުރި ވަކީލު ފާތުމަތު ހަލީމެވެ. ގާނޫނީ ހަމަޔާއި ހަމަ ބުއްދިޢާ ދެކޮޅަށް ވާކާލާތު ކުރަން ހަދައިގެން އެފަކީރުވެސް ވީ ބަރަހަނާއެވެ.   

އަޑުއެހުމުގައި މައްސަލަ ބޭރުކޮށްލާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ރައީސް މުއިއްޒުއަށް ދީގެން އުޝާމު ހުރީ ވަރަށް އުފަލުންނެވެ. އެހެން ތިއްބާ މައްސަލަ ބޭރުނުވެ ސްޕްރީމް ކޯޓުން މައްސަލަ ބަލަން ނިންމުން ހީވީ މުއިއްޒާ އުޝާމުގެ ބޮލަށް ބެރިއެއް ވެއްޓުނުހެންނެވެ. މުއިއްޒު ބޭނުންވީ ގޮތަށް މައްސަލަ އަނބުރާ ނުލެވުމުން ހުޝާމް ހޫނުފެނަށް ވެއްޓި ފިހިމާލީއެވެ. އުޝަމް ގޮތްހުސްވެގެން މުއިއްޒަށް ވިސްނާދިނީ ފަނޑިޔާރުން ދޯކާ ދިންކަމަށެވެ. 

އުޝަމް ދެއްކި ހުއްޖަތް ގަބޫލުކޮށް ފަނޑިޔާރުން ދޯކާ ދިނީ ކަމަށް ބަލާ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ރޭވުންތައް ފަށައިގަތެވެ. އެ ހިސާބުން ފަނޑިޔާރުން ވަކިކުރުމަށް ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލަތަކެއް ހޯދައި ހެކި އުފެއްދުމުގެ މަސައްކަތް އުޝާމް އާއި ހޯމް މިނިސްޓަރު އިހުސާނުއާ ހަވާލުކުރިއެވެ. ސުޕްރީމް ކޯޓުގެ އަދަދު މަދުކުރުމަށް ގާނޫނެއް ފާސްކޮށް ސަރުކާރަށް ބައިއަތު ނުހިފާ ފަނޑިޔާރުން ވަކިކުރުމަށް މުއިއްޒު ނިންމިއެވެ. 

]]>
Sun, 25 May 2025 16:14:47 +0500 އެޑިޓަރ
ދޮންބައްޕައާއި ބޮޑުޅިޔަނުގެ ޖިންސީ ޝިކާރައަކަށްވީ ކުއްޖެއްގެ އިންސާފަށް ހިޔަނިއެޅިފާ! https://heerasnews.com/3129 https://heerasnews.com/3129 އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ދެ ފިރިހެނަކު 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް 20 ޖެނުއަރީ 2025ގައި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ނރބޅ އަތޮޅު ހިމެނޭ ސަރަހައްދުގެ އަތޮޅުވެރިކަން ކުރާރަށެއްގައި ހިންގައިގެން އުޅޭ ޖިންސީ ގޯނާގެ އެ މައްސަލައަކީ 2024 ވަނަ އަހަރާއި އޭގެ 2 އަހަރުކުރިން އެ ކުއްޖާއަށް އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ދެ ފިރިހެނުން ޖިންސީ ގޯނާ ކުރަމުން އައިކަމުގެ މައްސަލަ އެއްކަމަށް ފުލުހުން ޔަގީން ކޮށްދެއެވެ. 

މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާޢި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ. މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނިނަމަވެސް އެކުއްޖާ ދިން ބަޔާން ފިޔަވާ އެއްވެސް އެހެން މީހެއްގެ ބާޔާނެއްހާ ހިސާބުވެސް އަދި ނަގަފައިނުވާކަމަށް އިތުބާރުހުރި މަސްދަރުތަކަކުން މައުލޫމާތު ލިބިފައިވެއެވެ.   

18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އުޅެނީ އެކުއްޖާގެ ދޮންބައްޕައާއި އެކުއްޖާގެ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުއްޖާއަށް ޖިންސީގޯނާ ކޮށްގެންއުޅޭ ދެ މީހުންކުރެ އެކެއްގެ އަނބި މީހާއަކީ (ކުއްޖާގެ ބޮޑު ދައިތަ) އަކީ އެރަށުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ފެމެލީ ޕްރޮޓެކްޝަން ޔުނިޓުގައި ވަޒީފާއަދާ ކުރަމުންދާ މީހެކެވެ. އެހެންކަމުން ފެމެލީ ޕްރޮޓެކްޝަން ޔުނިޓުގައި މަސައްކަތްކުރާ ބޮޑު ދައިތަގެ ނުފޫޒުގައި ކުއްޖާގެ މަންމައާއި ބޮޑުދައިތަ އެމީހުންގެ ފިރިން ހިމާޔަތް ކުރުމަށް އެރަށުގައި މަސައްކަތްކުރާ ފުލުހުންނާ އެރަށު ފެމެލީ ޕްރޮޓެކްޝަން ޔުނިޓާއި ގުޅިގެން މަސައްކަތް ކުރަމުންދަނީ މައްސަލަ އޮއްބާލާ ނުހިނގާ ކަމަކަށް ހެދުމަށެވެ. 

ޖިންސީ ގޯނާ ކޮށްގެންއުޅޭ ދެފިރިހެނުންކުރެ އެކުއްޖާގެ ދޮންބައްޕައަކީ އެއަތޮޅުގައި އޮންނަ އެމްޓީސީ އާރުޓީއެލް ފެރީ ސާވިސްގެ ޑްރައިވަރެކެވެ. ބޮޑުދައިތަ ފިރި މީހާއަކީ އެރަށު އެމްޓީސީސީ ސައިޓްގެ ސްޕަވައިޒަރެކެވެ.

މައްސަލަ ބެލުން ދިގުދަންމާ ވަގުތު ނަގާލަމުންދާތީ ދިފާއީ ހެކި އުފައްދަން ތުހުމަތު ކުރެވޭ ދެމީހުނަށް ވަނީ ފުރުސަތު ލިބިފައެވެ. އެހެންކަމުން ކުށުން ބަރީއަވުމަށް ނަފްސާނީ ބަލިމީހެއްކަމުގެ ޑޮކްޓަރީ ލިޔުމެއް ބޮޑު ދައިތަ ފިރިމީހާ މިހާރު ހޯދާފައިވާކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިހާތަނަށް ތަހުގީގަށް މިއިން އެއްވެސް މީހަކު ހާޒިރުކޮށް ސުވާލެއްވެސް ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. 

މަންމަގެ ރަށުގައި މަންމަކައިރީގައި ހުއްޓާ އިތުބާރުކުރެވޭ މަގާމެއްގައި ތިބި ދެފިރިހެނެއްގެ އެތައް ދުވަހެއްގެ ޖިންސީ ޝިކާރައަކަށްވި އަންހެން ކުއްޖާ މިހާރު ހުރީ އެކުއްޖާގެ ބައްޕަގެ ބެލެހެއްޓުމުގެ ދަށުން ރައްކާތެރި ވެއްޓެއްގައި މާލޭގައެވެ.

]]>
Mon, 17 Feb 2025 14:12:35 +0500 އެޑިޓަރ
ކުޑަކުދިން ކޯޓަށް ހާޒިރު ނުކުރުމުގެ ވިސްނުން https://heerasnews.com/612 https://heerasnews.com/612 ކުޑަކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީޢަތްކުރެވޭނެ ގޮތްތައް އިހުތިޔާރު ކުރުމަށް އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އިލްތިމާސް ކުރެއްވުމަކީ ހެޔޮ ފާލެކެވެ. އާންމު ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަން އުއްތަމަ ފަނޑިޔާރުގެ ވިސްނުންފުޅު ހުރުމަކީ ޝަރުއީ ނިޒާމް ހެޔޮމަގަށް އަމާޒު ހިފިފައި ހުރިކަން ރަމްޒުކޮށްދޭ ކަމެކެވެ.

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން ޝަރުއީ ނިޒާމާ މެދު އުންމީދު އައުވެއެވެ. އިމާރާތުގެ ދަތިކަމާ ހުރެ އިންސާފަށް ވާސިލުވުމަށް ރައްޔިތުންނަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތައް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

ކުޑަވަރެއްގެ ދެ ކޮޓަރީގައި ހިންގަމުން އައި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވިގެން ދިޔަ ދިއުމަކީ އަނގޮޅިތީމު ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލު ވުމަށް ހުޅުވިގެން ދިޔަ ސަރާސަރު މަގެކެވެ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތަކީ މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރ. އަނގޮޅިތީމު ކައުންސިލާއި ހަވާލުކޮށްގެން 8 މަސް ދުވަހުން އިމާރާތްކޮށް ނިންމި ތަނެކެވެ. ރަށާއި އެކަށީގެންވާ ފެންވަރުގައި ކޯޓެއްގައި ހުންނަން ޖެހޭ ހުރިހާ ވަސީލަތެއް ގާއިމު ކޮށްގެން ހުޅުވި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓު ހުޅުވުމުން ވެސް ޝަރީއަތް ކުރުމުގެ ހަލުވިކަން ކުރިއަށް ވުރެ ބޮޑަށް އެ ރަށަށް ލިބިގެން ދާނެއެވެ. ޝަރީއަތް ކުރާނެ ވަކި މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ހާއްސަ ކުރެވިފައިވާ ބައިތައް ހިމެނޭ ގޮތަށް ހުރި ކޯޓު ފަރުމާ ކޮށްފައިވަނީ އާންމުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަ ވާނެ ގޮތަށެވެ.

ޝަރުއީ ދާއިރާގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރެއްވުމަކީ އުއްތަމަފަނޑިޔާރު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި 2021 ވަނަ އަހަރު ތަކްރީމް ކުރައްވާފައިވާ ރިޓަޔާރޑް މެޖިސްޓްރޭޓުންގެ ޝަރަފުގެ މުގުރާއި މެޑެލް ދެއްވުމަކީ މިކަމުގެ ހެއްކެކެވެ. އަނެއް ކޮޅުން ޝަރުޢީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވައި ރިޓަޔަރ ކުރައްވާފައިވާ މުވައްޒަފަކަށް ޝަރަފުގެ ފިލާ އެރުވުމަކީ ވެސް ދާއިރާގައި ހިދުމަތް ކުރުމުގެ ޝައުގުވެރިކަން އިތުރު ވެގެން ދާނެ ކަންކަމެވެ.

]]>
Sun, 23 Oct 2022 19:51:31 +0500 ހީރަސް