Maldives Real Time Facts & : އިންސާފު https://heerasnews.com/rss/category/ސަރުއީ Maldives Real Time Facts & : އިންސާފު dv ކޮޕީރައިޓް: Heerasnews llp (P013622021) ވެރިކަން ބަދަލުވިޔަސް ގޯއްޗާ ފްލެޓް އަތެއް ނުލެވޭނެ https://heerasnews.com/1942 https://heerasnews.com/1942 އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ހިންގަވާނީ  އެ މަނިކުފާނު ރައީސް ކަމާ ހަވާލުވެ ވަޑައިގެން މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމަށް ފަހުގައެވެ. ދިވެހި ރައްޔިތުން ޑރ. މުއިއްޒު ރައީސްް ކަމަށް ހޮއްވެވީ 17 ނޮވެންބަރ 2023 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށެވެ. 17 ނޮވެންބަރ 2018 އިންފެށިގެން މި ހިނގާ ފަސް އަހަރު ދުވަހު ދައުލަތް ހިންގުމަށް ރައްޔިތުން ހަވާލު ކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެވެ. މި މުއްދަތުގައި ދައުލަތް ހިންގާނީ ރައީސް ސޯލިހުގެ ސިޔާސަތަށެވެ. އައު ރައީސް ހުވާ ކުރައްވާ ގައުމާ ހަވާލުވެ ވަޑައިގަންނަވަންދެން ހިނގާނީ، ހިނގަމުންދާ ވެރިކަމުގެ ސިޔާސަތުތަކެވެ. 

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ރައީސް ސޯލިހުގެ ސިޔާސަތުގައި ކަނޑައެޅުއްވީ ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅެވެ. އެ ސިޔާސަތުގެ ދަށުން އެތަން ތަނުން ގޯތި ދޭނެ ބިން ހިއްކާ ގޯތި ދޫކުރުމަށް އިއުލާނު ކުރި ފުރަތަމަ ބުރުގެ ގޯތިތައް ލިބޭ މީހުން ކަނޑައެޅި ގޯތި ހަވާލުކޮށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިހާރު ވެސް ބާރަށް ކުރިއަށް އެބަދެއެވެ. 

މާލޭގެ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުނަށް މާލެ ސަރަހައްދުން ގޯތި ދޫކުރުމަށްޓަކައި ދެވަނަ ބުރެއް ވެސް އިއުލާނުކޮށް އެކަން ވެސް ސަރުކާރުން ކުރިއަށް އެބަ ގެންދެއެވެ. ގޯތި ދިނުމަށް ދެވަނަ ބުރެއް އިއުލާނު ކުރިއިރު ގޯތިދޭ ސަރަހައްދުގެ ތެރެއަށް އުތުރު ތިލަފަޅު ވަނީ އިތުރު ކުރައްވާފައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެ ހުރިހާ ގޯތި އެ ގޯތިތަކުގެ ހައްގު ވެރިންނަށް ހަވާލުކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ރައީސް ސޯލިހުގެ ރިޔާސީ ވައުދު ފުޅާ އެއްގޮތަށް ދައުރު ނިމުމުގެ ކުރީން ބޯހިޔާވަހި ކަމުގެ ވައުދުގެ ބޮޑު ބައެއް ނިންމުމަކީ ގާނޫނީ އެއްވެސް ހުރަހެއް ހިނގަމުންދާ ސަރުކާރަށް އޮތްކަމެއް ނޫނެވެ. އަމްދުން ރިޔާސީ އިންތިހާބުން ފޭލިވުމަށް ފަހު އެކަން ކުރެއްވުމަކީ އިންތިހާބަށްޓަކާ ކުރެވޭ ކަމެއް ކަމަށް ބޭލެވޭނެ ޖާގައެއް ވެސް އޮތް ކަމެއް ނޫނެވެ. އެކަމަކީ އަދާކުރައްވާ ގާނޫނީ ޒިންމާއެކެވެ. 

ތެދެކެވެ. އުތުރު ތިލަފަޅުން ގޯތި ދޫކުރުމަކީ އިންތިހާބީ ރައީސްގެ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށް ވެދާނެއެވެ. އެކަމަކު އެތަނުން ވެސް ގޯތި ދިނުމަކީ ރައީސް ސޯލިހުގެ ސިޔާސަތެކެވެ. މީހަކު ރައީސް ކަމަށް އިންތިހާބުކޮށްފައި ހުއްޓަސް ރައީސް ސޯލިހު ވެރިކަމުގައި ހުންނެވިހާ ހިނދަކު ވެރިކަން ހިންގުމުގައި ހިނގާނީ ރައީސް ސޯލިހުގެ ސިޔާސަތެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެ އާއި މާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދޭން ހިމަނާފައި އޮތުމަކީ ރައީސް ސޯލިހުގެ ސިޔާސަތު ނުހިންގަވާ ހުއްޓާލައްވައިގެން ހުންނަވަންޖެހޭ ސަބަބެއް ނޫނެވެ. އައު ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގެން، ގެންނަވަން ފެނި ވަޑައިގަންނަވާ ބަދަލެއް ގެނެވުމަކި މުޅިން އެހެން ކަމެކެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޓޭންޑަކީ މި ސަރުކާރުން ލިޔުން ހަވާލުކޮށްފައިވާ ނުވަތަ ބިމާއި ފްލެޓް ދިނުމަށް ގެޒެޓު ކޮށްފައިވާ އެއްވެސް ފަރާތެއްގެ އެއްޗެއް ނުހުއްޓުވުން ކަމަށްވެއެވެ. އެހެންކަމަށް ވާނަމަ މި ސަރުކާރުން ހިންގާ ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދަށް އަމާޒުކޮށް ހުޅުވާލި ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމްގެ ދަށުން ލިބޭ ފްލެޓާ ގޯއްޗާމެދު މުއިއްޒުގެ ވެރިކަމެއްގައިވެސް އަމަލު ކުރެވޭނީ އެ އުސޫލުން ކަމާމެދަކު ޝައްކު ކުރާނެ ޖާގައެއް ނެތެވެ. މި ސަރުކާރުން މާލޭ ސަރަހައްދުގައި ގޯއްޗާއި ފްލެޓް ދޭ ދިނުމަކީ އިންތިގާލީ މަރުހަލާގައި އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ބަސްފުޅު ވިދާޅުވެ މި ސަރުކާރުން ގޯއްޗާއި ފުލެޓް ލިބޭ ރައްޔިތުން ނުތަނަވަސް ކަމަށް ވައްޓާލަންވަން ޖެހިވަޑައި ގަންނަވާނެ ކަމެއް ނޫނެވެ. 

އައު ރައީސް ވެރިކަމާ ހަވާލުވެވަޑައި ގަންނަވާއިރު ހިޔާވަހިކަމުގެ މެނިފެސޓޯއިން ބޮޑު ބައެއް މިސާރުކާރުން އެންމެ ފަހު ވަގުތު ވެސް ހައްލު ކޮށްދީފައި އޮވެއްޖެނަމަ ވެރިކަމަށް ވަޑައިގެން ކުރައްވަން ޖެހޭ ކަންތައް މަދުވާނެއެވެ. ލުއިވާނެއެވެ. ވަގުތާ ހަކަތައާއި ފައިސާ އެހެން ކަމަކަށް ހޭދަ ކުރެއްވޭނެއެވެ.

]]>
Wed, 25 Oct 2023 14:14:48 +0500 ހީރަސްނިއުސް
ޔާމީނަށް ލިބޭ އަދަބަކީ އަނިޔާއެއް ނޫން https://heerasnews.com/1742 https://heerasnews.com/1742 ފޭރުމާ ވައްކަމާ ހިޔާނާތާ ރިޝްވަތާ މީހުން މެރުން ފަދަ ކުށްކުށަކީ ދުނިޔޭގެ ހުރިހާ ތާކުވެސް އަދަބުދެވޭ ބޮޑެތިކުށެވެ. އިސްލާމުދީނުގައި ވެސް އުގޫބަތް ކަނޑައެޅިފައިވާ ކުށްކުށެވެ. މީހެއްގެ މައްޗަށް އެފަދަ ކުށެއް ސާބިތުވެ އަދަބު ކަނޑައެޅި ތަންފީޒު ކުރުމަކީ އަނިޔާއެއް ނޫނެވެ. އަދަބެވެ. ތަރައްގީވެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި ވެސް އަދަބަކީ ދެވޭ އެއްޗެކެވެ. 

މަސްވެރިއަކަސް ދަނޑުވެރިއަކަސް މުދިމަކަސް މުދައްރިސަކަސް ރައީސަކަސް ކުށެއް ސާބިތުވުމުން އެކަމަކަށް ގާނޫނުއި ބުނާ އަދަބެއް ކަނޑައަޅާ އަދަބު ދެއެވެ. ދިފާއުވުމަށް ފުރިހަމައަށް ފުރުސަތު ދީގެން ކުރެވޭ ޝަރީއަތެއްގައި ދިފާއު ނުވެވި ކުށްވެރި ވުމުން އަދަބު ދިނުމަކީ އަނިޔާއެއް ނޫނެވެ. ކިތަންމެ ބަޔަކު ކުށްކުރިޔަސް އަދަބު ދެވެނީ ޝަރީއަތް ކުރެވި ކުށް ސާބިތުވާ މީހުނަށް އެކަންޏެވެ. މީހެއްގެ މައްޗަށް ޝަރީއަތް ނުހިނގުމަކީ ޝަރީއަތް ހިންގާ މީހެއްގެ މައްޗަށް ކުށް ސާބިތު ވުމުން އަދަބު ތަންފީޒު ނުކުރެވެންވީ ސަބަބެއް ނޫނެވެ. 

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ވެސް ދައުވާ ތަކެއް އުފުލި ޝަރީއަތް ކުރެވެނީ ތުހުމަތު ކުރެވި ހެކި ލިބިފައިވާ ކަންތައް ތަކެއްގެ މައްޗަށެވެ. ދިފާއުވުމަށް ފުރިހަމައަށް ފުރުސަތު ލިބި ދީގެންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އެތައް މައްސަލައެއް އެބަ އޮތެވެ. މައްސަލަ ތަކުގައި ދައުވާ ކުރެވުމުން ދިފާއު ވުމަށް ފުރުސަތު ދީގެން ކުރި ޝަރީއަތް ތަކަކުން ކުށް ސާބިތުވެގެން ދެމައްސަލައެއްގައި ވަނީ ހުކުމް އައިސްފައެވެ. ލިބިވަޑައިގެން އިސްތިއުނާފީ ހައްގުގެތެރެއިން އެއް މައްސަލައިގެ ހުކުން އެންމެ މަތީ ކޯޓުން އެވަނީ ބާތިލު ކޮށްފައެވެ. ދެވަނަ މައްސަލައިެ ހުކުމް ދަނީ ތަންފީޒު ކުރެވެމުންނެވެ. 

ޝަރީއަތުގައި ކުށުން ބަރީއަ ވުމަށް ކުރެއްވި ދިފާއީ މަސައްކަތުގެ ނަތީޖާ ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީނަށް ފެނިވަޑައިގަތީ ރަނގަޅަށެވެ. ސްޕްރީމް ކޯޓުން ދަށުކޯޓުގެ ހުކުމް ބާތިލުކޮށް އެ މައްސަލާގައި ޔާމީނު ކުށްވެރި ނުވާކަމަށް ކަނޑަ އެޅިއެވެ. އަނިޔާވެރި ވުމުގެ ވިސްނުން މުޅި ނިޒާމުގައި ނެތްކަން އެކަމުން ވަރަށް ރަނގަޅަށް ސާފުވެއެވެ. 

ވ. އާރަށު މައްސަލާގައި ކްރިމިނަލް ކޯޓުގައި ރައީސް ޔާމީނުގެ ޝަރީއަތް ހީންގީވެސް ދިފާއު ވުމަށް ފުރުސަތު ދެވިގެން ވަރަށް ބޮޑަށް ހުޅުވާ ލެވިގެންނެވެ. ތުހުމަތުން ބަރީއަނުވެވި ޝަރީއަތް ނިމުނީ މަނީލޯންޑަރ ކުރުމުގެ ކުށާއި ރިޝްވަތު ހިފުމުގެ ކުށް ރައީސް ޔާމީނުގެ މައްޗަށް ސާބިތު ވެގެންނެވެ. އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ އެ ހުކުމް އެ ދަނީ ތަންފީޒު ކުރެވެމުންނެވެ. ދަށުކޯޓްގެ ހުކުމް ބަދަލު ކުރުމަށް އިސްތިއުނާފީ ހައްގު ވަނީ ލިބިދީފައެވެ. މައްސަލަ ދަނީ އިސްތިއުނާފް ކުރެވެމުންނެވެ. ދަށުކޯޓުގެ ހުކުމް މަތީ ކޯޓަކުން ބަދަލު ކުރެވެންދެން ދަށުކޯޓުގެ ހުކުމް ތަންފީޒު ކުރެވެނީ ވަކި މީހެއް ވެގެނެއް ނޫނެވެ. 

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރެވެނީ އާއްމު ކުށްވެރިއަކަށް ވުރެ އިއްޒަތުގައެވެ. ހާއްސަ އިމްތިޔާޒްތަކަކާއި ފުރުސަތުތައް ލިބިދީގެނެވެ.  ރައީސްކަން ކުރައްވަފައިވާ ބޭފުޅަކަށް ވާތީއެވެ. އެކަހެރިކޮށް ޖަލުގައި ހުންނެވުން ފިޔަވާ އެހެން ކުށްވެރިންނާ ހިލާފަށް ރައީސް ޔާމީނަށް މަދުވާކަމެއް ނެތެވެ. ކޮންމެ ދުވަހަކުވެސް އަނބިކަބަލުންނާ އެއްތަންވެ ވަޑައިގެންނެވެއެވެ. ބޭނުންފުޅުވެ ވަޑައިގަތުމުން ދިފާއީ ވަކީލުންނާ ބައްދަލުވެ ވަޑައިގަތުމަށް ހުރަހެއް ނެތެވެ. ފަރިއްކުޅުވަނީ ބޭނުންފުޅުވެ ވަޑައިގަންނަވާ މެނޫ އަކަށެވެ. ބޭސްފަރުވާ އަކަށް ލަހެއް ފަހެއް ނުވެއެވެ. ޖަލު ބަންދުގައި ހުންނަވަނީ އަމާން ރައްކާތެރި ގަނޑުވަރެއް ފަދަ ހާއްސަ ސެލްއެއްގައެވެ.  

އަދަބަކީ ކުށެއްކޮށްގެން އެކުށް ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށްވެސް ލިބޭނެއެއްޗެކެވެ. ކުށުގެ އަދަބަކީ އަމިއްލައަށް ލިބިގަންނަ އެއްޗެކެވެ. ރައީސް ޔާމީނު ވެސް އަދަބު ލިބި ވަޑައިގަތީ އަމިއްލަފުޅަށެވެ. 100 ދުވަސް ކީއްކުރަން ހެއްޔެވެ. 100 އަހަރުވިޔަސް މަތީ ކޯޓަކުން ހުކުމް ބާތިލު ކުރެވެންދެން ނުވަތަ ގާނޫނީ ހަމަތަކުން މާފު ލިބެންދެން ރައީސް ޔާމީނަށް ވެސް ހުކުން ތަންފީޒު ކުރެވޭނެއެވެ. ސާބިތުވެފައިވާ ކުށާއި ގުޅިގެން އިއްވާ ހުކުމެއް ތަންފީޒު ކުރުމަކީ އަނިޔާއެއް ކަމަކަށް ނުވާއެވެ. ރައީސް ޔާމީނު ތަހައްމަލު ކުރައްވަނީ އަމިއްލަފުޅަށް ކުރެއްވި ކަންކަމުގެ ނަތީޖާއެވެ. 

]]>
Sun, 13 Aug 2023 14:33:48 +0500 ހީރަސްނިއުސް
ނަޒާހަތްތެރިކަން ކަށަވަރުކޮށްދިން ހުކުމެއް https://heerasnews.com/1719 https://heerasnews.com/1719

ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދެ ޝަރުތެއް ފުރިހަމަ ނުވާކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމީ މިއަދު ހެދުނެވެ. ސްޕްރީމް ކޯތްގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ތަފާތު ރައުޔެއް ނެތި ހުރިހާ ފަނޑިޔާރުން ތާއީދުކުރެއްވީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށެވެ. 

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް ޔާމީނަށެވެ. އެ މަނިކުފާނަކީ މަނީލޯންޑަރިންގއާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެވެމުންދާ ބޭފުޅެކެވެ. މި ވަގުތު ވެސް ޖަލުގައި ހުންނެވީ ޖަލުގައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ 11 އަހަރަށް ޖަލަށްލުމަށާއި ޖޫރިމަނާގެ ގޮތުގައި 5 މިލިއަން ޑޮލަރު ދެއްކުމެވެ.

ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެވެމުންދާތީއާއި ދައްކަން ހުކުމް ކޮށްފައިވާ 5 މިލިއަން ޑޮލަރު ހުކުމުގެ މުއްދަތުގައި ދައްކަވާފައި ނުވާތީ އެޖުރުމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެފައިވާތީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މި ދިޔަ އަންގާރަ ދުވަހު ވަނީ ނިންމާފައެވެ.

އިލެކްޝަން ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް ނިންމ، ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ދެ ޝަރުތު ފުރިހަމަ ނުވާތީ އެވެ. ރައީސް ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި ދެސަބަބު:

  • ޔާމީނަކީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ބޭފުޅަކަށް ވުމާ އެކު، އެ ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކޮށްފައިވާ ޝަރުތެއް ފުރިހަމަ ނުވުން.
  • ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ކުރި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ މިހާތަނަށް ދައްކައި ހަލާސްކޮށްފައި ނުވާތީ، ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަން އެނގެން އޮތުމުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވުން.

އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ރައީސް ޔާމީން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. އެޓަނީޖެނެރަލްގެ އޮފީސް ތަދައްހުލު ކުރުވާ ޕީޕީއެމް ތަދައްހުލުވެގެން އިލެކްސަންސްއާ ދެކޮޅަށް ރައީސް ޔާމީނު ހުށަހެޅުއްވި މައްސަލައިގެ އަޑު އެހުންތައް އޮތީ މިދިޔަ ހުކުރު ދުވަހު ސްޕްރީމް ކޯޓުގައެވެ. ސްޕްރީމް ކޯތުގެ ހުރިހާ ފަނޑިޔާރުން ބެންޗުގައި ތިއްބަވައިގެންނެވެ. މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވީ މިއަދު އެވެ. ސްޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

މައްސަލާގައި ސުޕްރީމް ކޯޓުން ޖަވާބު ދޭން ޖެހޭ އޮތީ ދެ ސުވާލަކަށް ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރައްވާ ރައުޔު ބިނާކުރެއްވީ ދެކަމެއްގެ މައްޗަށެވެ. އެ ދެކަމަކީ:

1- ޔާމީން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތްތޯއެވެ. 
2- ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމަކަށް ވާން ޖެހޭތޯ ނުވަތަ ނޫންތޯއެވެ.
ސާބީތު ދަރަންޏެއް އޮތްތޯ ބެއްލެވުމުން ފާހަގަވެ ވަޑައިގެން ކަންކަން:
  • އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް މިދިޔަ 25 ޑިސެމްބަރުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަން.
  • ސާބިތިވީ ކުށަށް އައިސްފައިވާ ހުކުމް:

1- ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް

2- މަނީ ލޯންޑްރިންގެ ކުށަށް 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާ އަކާ އެކު ހަތް އަހަރުގެ ޖަލު ހުކުމެއް

3- 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމް ކުރާދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭ ދައްކަން އޮތް ކުކުމެއް (ޖޫރިމަނާ ދައްކަން އޮތް މުއްދަތު 2023ގެ ޖޫން މަހަށް އޮތީ ހަމަވެފައި)

މި ނުކުތާގައި ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ޖޫރިމަނާގެ މުއްދަތު ހަމަވި އިރު ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ފައިސާ ދައްކާފައި ނުވާކަން ފާހަގަ ކުރެއްވި އެވެ. އެ ފައިސާ ދައްކަން އަންގައި މިދިޔަ މަހުގެ 3ގައި މީރާ އިން ޔާމީނަށް ނޯޓިސް ފޮނުވާފައިވާކަން އެނގެން އޮންނަ ކަމަށް ވިދާޅުވިއެވެ. "އެ ލިޔުން އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް ބަންދުކުރައްވާފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލުކުރުމަށް ގެންދިއުމުން، އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުގެ ގާތުގައި އެދިފައިވާ ކަމަށް އެ އިދާރާގެ 6 ޖުލައި 2023 އިގުރާރުގައި ބަޔާންވެފައިވޭ،" ސުއޫދު ވިދާޅުވިއެވެ. އެ ލިޔުމުގައި ޔާމީން ސޮއިކުރައްވައި އިނގިލީގެ ނިޝާން ޖައްސަވާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. 

ސުއޫދުގެ ރައުޔުގައި ވިދާޅުވީ، މުއްދަތު ހަމަވިއިރު ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމަކީ އެ ޖޫރިމަނާގެ ފައިސާ ސާބިތު ދަރަންޏަކަށް ބަދަލުވާނެ ކަމެއް ކަމަށެވެ.  އެވާހަކަފުޅަށް ބާރު ދެއްވަމުން އިތުރަށް ސުއޫދު ވިދާޅުވީ ފައިސާ ދައްކަން ކޯޓަކުން އަމުރުކޮށްފައި ވާއިރު، ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފައި އޮތުމަކީ ޖޫރިމަނާގެ ފައިސާ ނުދައްކަން އޮތް ސަބަބެއް ނޫން ކަމަށެވެ.

ރައީސް ޔާމީނުގެ ސާބިތު ދަރަންޏެއް އޮތްކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ބުރަވެ ވަޑައިގެން ނިންމެވި ރައުޔު: "ޔާމީން ދައްކަވަން ޖެހޭ 5 މިލިއަން ޑޮލަރު ހަ މަސްދުވަސް ތެރޭ ދައްކަން ކޯޓަކުން އަންގާފައި ވާއިރު، ހައި ކޯޓުން އެ ފައިސާ ދެއްކުން ފަސްކުރަން އަމުރުކޮށްފައި ނެތުމުން، ކެންޑިޑެސީ ފޯމު ހުށަހެޅުއްވިިއިރު ޔާމީން ދައްކަން ޖެހޭ ސާބިތު ދަރަަންޏެއް އޮތްކަން އެނގޭ. ވީމާ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ގާނޫނާ އެއްގޮތަށް ކަމަށް ދެކެން،" ސުއޫދުގެ ވިދާޅުވިއެވެ. އެބުރަވެ ވަޑައިގަތުމަށް ބާރުލިބޭ ސަބަބެއް ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވީ"ޖޫރިމަނާގެ ތަފްސީލުތައް އެނގިފައި ނެތް ކަމަށް ބުނުމާއި ހުކުމް އިސްތިއުނާފްކޮށްފައިވާ ކަމަށް ބުނުމަކީ އެ ޖޫރިމަނާ އަކީ ސާބިތު ދަރަންޏެއް ނޫން ކަމަށް ބެލެމަށް ބުރަދަނެއް ދެވިދާނެ ސަބަބުތަކެއް ކަމަށް އަހުރެން ނުދެެކެން." ކަމަށެވެ. 

މުޅި މައްސަލައިގެ ހަފަރާތަށް ރިއާޔަތް ކުރައްވާ ފަނޑިޔާރު ހުސްނުއްސުއޫދު ނެރުއްވި ރައުޔަށް ކުޑަވެސް ހިލާފެއް ނުއުފައްދަވާ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އަދި (ޅ)ގައި ބުނާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. 

]]>
Sun, 06 Aug 2023 15:36:02 +0500 ހީރަސްނިއުސް
ރައީސް ޔާމީނަށް ފަހު ފުރުސަތު ގެއްލިއްޖެ https://heerasnews.com/1716 https://heerasnews.com/1716 ރައީސް ޔާމީނު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އޮތް އެންމެ ފަހު ފުރުސަތު ގެއްލިއްޖެއެވެ. ޕީޕީއެމް-ޕީއެންސީ ގެ ރިޔާސީކެންޑިޑޭޓް ރައީސް ޔާމީނު ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުގެ ފުލްބެންޗްގެ އިއްތިފާގުން ދެންމެ ނިންމައިފިއެވެ. 

ރައިސް ޔާމީނު ސްޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ފައިސަލާ ކުރެއްވާ ސްޕްރިމްކޯޓުން ނިންމި ނިންމުމުގައި ހުރިހާ ފަނޑިޔާރުން ތާއީދު ކުރެއްވީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ގާނޫނު އަސާސީއާއި ގާނޫނުތަކަށާއި ސްޕްރީމްކޯޓުގެ ނިންމުންތަކަށް ސާފުކޮށް ރިއާޔަތް ކުރައްވާ ކޯޓެއްގެ ހުކުމަކީ މަތީ ކޯޓަކުން ބަދަލު ނުކުރަހާ ހިނދަކު ދެމިއޮތް އެއްޗެއްކަން  ބަޔާންކުރައްވަފައިވެއެވެ.

އިތުރު ތަފްސީލްތައް ކުރިއަށް އޮތް ގަޑިތަކުގައި ގެނެސް ދެވޭނެއެވެ. 

]]>
Sun, 06 Aug 2023 11:06:11 +0500 ހީރަސްނިއުސް
ވާދަ ކުރެވޭގޮތް ހަދަން ހުކުމް ބާތިލު ކުރާނީ ކޯޓުތައް މަރާލަން https://heerasnews.com/1672 https://heerasnews.com/1672 ގެއްލޭނީ އޮތް އެއްޗެކެވެ. ނެތް އެއްޗެއް ނުގެއްލޭނެއެވެ. ނެތް އެއްޗެއް ގެއްލިގެން ކިތަންމެ ޝަކުވާއެއް ކުރިޔަސް ހޯދައެއް ނުދެވޭނެއެވެ. ކިތަންމެ ދޭ ހިތްވިޔަސް ހޯދާ ދެވޭނީ ލިބިފައި އޮތް އެއްޗެއް ގެއްލިގެން އުޅޭ ނަމަތާއެވެ.

ގާނޫނުގެ ކުރި މަތީގައި އެންމެން ހަމަހަމައެވެ. ފަނޑިޔާރުން ހުކުމް ކުރުމުގައި އިސްކަން ދޭން ޖެހެނީ ގައުމީ މަސްލަހަތަކަށް ނޫނެވެ. ކުށްކުރި މީހަކަށްވެސް ނޫނެވެ ކުށުގެ އަމަލަށެވެ. ކޮންމެ މީހަކު ކުރިޔަސް ކުށެއް ވަނީ ކުށަކަށެވެ. ދައުވާއެއް އުފުލި ކުށް ސާބިތުވެ ހުކުމެއް ކުރުމުން އެއީ ކުށްވެރިއެކެވެ. ކިތަންމެ ބަޔަކު ކުށްކުރިޔަސް ހުކުމެއް އިއްވާނީ ޝަރީއަތަށް ހުށަހެޅި ކުށް ސާބިތުވާ މީހެއްގެ މައްޗަށެވެ. މީހެއްގެ މައްޗަށް ސާބިތުވި ކުށަކީ ކިހާ ބަޔަކު ކިހާވަރަކަށް ކުރާ ކުށެއްތޯ ފަނޑިޔާރުން ނުބަލާނެއެވެ. 

ތެދެކެވެ. ރައީސް ޔާމީނު ނޫން ކިތަންމެ ބައެއްގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔަނާތުގެ ތުހުމަތު ކުރެވެއެވެ. އެތައް ބައެއްގެ މައްސަލައިގެ ތަހުގީގް އޭސީސީގައި އެބަ ހިނގައެވެ. ބައެއް މީހުނަށް ދައުވާކުރަން ޕީޖީއަރިހަށް ވަނީ ފޮނުވާފައެވެ. ބައެއް މީހުންގެ ޝަރިއަތްތައް ކޯޓުގައި އެބަކުރެއެވެ. 

އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކުރެވުނު ދެ ދައުވާއެއް ސާބިތުވެ ދަށުކޯޓުން އެވަނީ ހުކުން ކޮށްފައެވެ. އެ ހިސާބުން ރައީސް ކަންކޮށްފައި ހުއްޓަސް ބޮލިހިލާ މީހަކަސް ތަފާތެއް ނެތެވެ. އެ މީހަކީ ގާނޫނީ ގޮތުން ކުށްވެރިއެކެވެ. ކޮށްފައިވާ ހުކުން ބާތިލު ނުކުރާހާ ހިނދަކު އެ މީހަކީ ކުށްވެރިއެކެވެ. ފުރިހަމަ މިނިވަނަކަށް ލިބިގެންވާ އެތައް ހައްގެއް އެ ހިސާބުން އެމީހާއަށް ގެއްލޭނެއެވެ. ވަކި ކަހަލަ ކަންތައް ތަކެއް މަނާ ވާނެއެވެ. ކިތަންމެ ގިނަ ބަޔަކު ބޭނުންވިޔަސް އެކަކު ބޭނުން ނުވިޔަސް މަނާ ކަންކަން މަނާ ވާނެއެވެ.

ވަކިވަރެއްގެ ޖިނާ ކުށެއްގެ ހުކުން ތަންފީޒު ކުރަމުންދާ މީހަކަށް އިންތިހާބު ތަކުގައި ވާދަ ނުކުރެވުމަކީ އައުކަމެއް ނޫނެވެ. ވަކި ކަހަލަ ހުކުމެއް ތަންފީޒުކުރާ ކުށްވެރިންނާއި ކުށުގެ ވަކިކަހަލަ ރެކޯޑެއް އޮންނަ މީހުނަށް ނުކުރެވޭ ކަންކަމާއި ނުލިބޭ ހައްގު ހުރެއެވެ. ޖިނާއީ ކުށެއްގެ ހުކުން ތަންފީޒު ކުރެވެމުންދާ މީހަކަށް އިންތިހާބެއްގައި ވާދައެއް ނުކުރެވެއެވެ. އެގޮތުން އިއްވާފައިވާ ހުކުން ބާތިލު ނުވާހާ ހިނދަކު ރައީސް ޔާމީނެއް ކަމަކު ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ކިތަންމެ ގިނަ ބަޔަކު އެދުނަސް މިހާރު އެއޮތް ގޮތަކުން އެކަމެއް ނުވާނެއެވެ. ކޯޓްތަކަކީ މެޖޯރިޓިއަށާއި ސަޕޯޓް ބޭހަށާއި ގައުމީ މަސްލަހަތަށް ބުރަވެ ހުކުން ކުރާ ބައެއް ނޫނެވެ.

ޔަގީނުންވެސް އެނގޭ ކަމަކީ  އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ރައީސް ޔާމީނަކަށް އަދި ނެތްކަމެވެ. ފޯމުވެސް ފުރެދާނެއެވެ. ބައިބަޔަށް ކެންޕެއިންވެސް ބިަޔކު ނިކުމެ ކުރެވިދާނެއެވެ. ރާގުރާގަށް ހައިކޯޓާއި ސްޕްރީމް ކޯޓުގައި ޝަކުވާވެސް ކުރެވިދާނެއެވެ. ކޮންމެ ކަމެއް ކޮށްގެންވެސް ރައީސް ޔާމީނު އިންތިހާބުގައި ވާދަކުރުވަންޏާ ރިޔާސީ އިންތިހާބަށް ކުރި މަތި ލުމުގެ މުއްދަތު ހަމަވުމުގެ ކުރީން ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުން މަތީކޯޓަކުން ޖެހޭނީ ބާތިލު ކުރުވާށެވެ.

އެނގެން ޖެހޭ ކަމަކީ ވަކިމީހަކަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދާ ދިނުމުގެ ނިޔަތުގައި ދަށުކޯޓުގެ ހުކުމް ބާތިލު ކުރުމަކީ ޝަރުއީ ނިޒާމް އަމިއްލައަށް މަރާލުން ކަހަލަ ކަމެކެވެ. އެވަރުގެ ގޯހެއް ކޯޓްތަކުން ހަދާފާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ރައީސް ޔާމީނަށް އެފުރުސަތު ދެންޏާ އެ ހައްގަކީ ނިހާއީ ހުކުމެއް ނެތް ކޮންމެ ކުށްވެރިއަކަށް ވެސް ތަފާތެއް ނުކޮށް ލިބިދޭން ޖެހޭނެ ހައްގެކެވެ. ހައްގުނޫން ހައްގެއް ވަކިމީހެއް ވެގެން ހޯދާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނޫނީ ދަށުކޯޓު ތަކުން ކުރާ ހުކުމާ މެދު ރައްޔިތުންގެ އިތުބާރު މުޅިން ކެނޑި ދަށުކޯޓު ތަކުގެ ވާގި ނެތިގެން ދާނެއެވެ. 

]]>
Tue, 25 Jul 2023 15:29:25 +0500 ހީރަސްނިއުސް
އާޒިމާއަށް: ޔާމީނާ އެއްގޮތަށް ހުމާމާ ޝަހުމް ވެސް ވާދަކުރާނެތަ! https://heerasnews.com/1563 https://heerasnews.com/1563 މަޝްހޫރު ދީނީ އިލްވެރިޔާ އަވަހާރަ ކުރުމުގެ ކުށުގައި ހުމާމު ކިޔާ ޒުވާނަކު މަރަން ހުކުމް ކޮށްފައިވެއެވެ. އަހުސަން ބަޝީރު ކިޔާ ޒުވާނަކު މަރާލުމުގެ ކުށުގައި ޝަހުމް ކިޔާ ގާތިލަކަށް މަރުގެ ހުކުމް ކޮށްފައިވެއެވެ. ބޮކްސާ ތެރޭގައި ޑްރަގް ޓްރެފިކް ކޮށްގެން 25 އަހަރުގެ ޖަލުހުކުމެއް ހިތަދޫ ހުސެއިން މުޖުތަބާއަށް މިއަހަރު ކޮށްފައިވެއެވެ. ރިޝްވަތާ މަނީލޯންޑަރ ކުރުމުގެ ކުށުގައި ޔާމީނު އަބްދުލްގައްޔޫމު ކިޔާ މީހަކަށް 11 އަހަރުގެ ޖަލުހުކުމް ކޮށްފައިވެއެވެ. މި ފާޑުގެ ބޮޑެތި އެތައް ކުށްވެރިންނެއް ރާއްޖޭގައި ހުކުމް ތަންފީޒު ކުރަމުން އެބަދެއެވެ.

ކިތަންމެ ބޮޑު ހުކުމެއްގައި ތިއްބަސް އެ މީހުން ދެކެ ލޯބިވާ މީހުން ތިބޭނެއެވެ. އެ މީހުންގެ ފުށުން އުންމީދު ތަކެއް ކުރާ ބަޔަކު ތިބޭނެއެވެ. އެ މީހުނަށް ތާއީދު ކުރާ ބަޔަކުވެސް ތިބޭނެއެވެ. އެހެނެކޭ ކިޔާ އެ މީހުން ބޭނުން ވާހާ ކަމެއް ކުރުމަށް ފުރުސަތު ދިނުމަކީ ގައުމީ މަސްލަހަތަކަށް ނުވާނެއެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ފޯރުކޮށް ދެވުނު ކަމަށް ވާނީ ހުކުމް ތަންފީޒު ކުރާހާ މުޖުރިމުންނަށް އިންތިހާބުގައި ވާދަ ކުރާން ފުރުސަތު ދިނުމަކުން ނޫނެވެ. 

މުޖުރިމް ޔާމީނެކޭ އެއްގޮތަށް ހުމާމާއި ޝަހުމުވެސް ތިިބީ ރިޔާސީ އިންތިހާބުގައި ވާދަކުރާން އުންމީދު ކޮށްގެން ކަމަށްވެއެވެ. ހިތަދޫ މުޖުތަބާ ވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލާން ބޭނުމެވެ. އެ މުޖުރިމުންނަށް ވާދަ ކުރުމުގެ ފުރުސަތު ނުލިބޭ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް އުފެދުމުގައި ވެސް ބާތިލު ގާނޫނީ ރައުޔު ނެރުއްވާ ފުންނާބު އުސް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އެބަ ވިދާޅުވެއެވެ.

އާޒިމާ ވިދާޅުވާ ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ފޯރުކޮށް ދިނުމަށް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ބޮޑެތި ހުކުމްތަކުގައި ތިބި މުޖުރިމުންނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ގާނޫނީ ޝަރުތުތައް ފުރިހަމަވުން މުހިންމު ނޫން ކަމަށް އާޒިމާމެން ވިދާޅުވާ ކަހަލައެވެ. ގާނޫނީ މާހިރުން ގާނޫނު މުގުރަން ފެށީމާ ގާނޫނުގެ ހުކޫމަތު އޮތުމުގެ ބޭނުމެއް ނެތެވެ. އޭރުން ވެރިކަމުގައި ތިބެން ޖެހޭނީ ހުމާމާއި ޝަހުމާއި މުޖުތަބާ މެންނެވެ. 

އާޒިމާއެއް ކަމަކު އޮޅުވާ ނުލާށެވެ. 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ޝަރުތު ހަމަނުވަނީސް ކެނެރީގޭ މުހައްމަދު ނަޝީދަށް ވާދަ ކުރެއްވުނީ އޭރު ވެރިކަމުގައި ހުންނެވި މައުމުނާ ދެ މީހުން ހެދި ޑީލަކުންނެވެ. އެކަން ކުރަން އިސްވެ އުޅުނީ އާޒިމާ ޝުކޫރެވެ. ވެރިކަމަށް އެލިޖަބަލް ނުވާ ވަރުގެ ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒުކޮށްފައި އޮވެގެން މުހައްމަދު ނަޝީދަށް ކުރިމަތި ނުލެއްވޭހެން އޭރުވެރިކަމުގައި ހުންނެވި މައުމޫނަށް ވެސް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވެއެވެ. ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ވެރިކަން ކޮށްފައިވާ މީހަކަށް ވެރިކަމަށް ކުރިމަތި ނުލެވޭތީ މައުމޫނު ވެރިކަމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅު ވެގެން ބާރުގައި ތިއްބެވި އާޒިމާމެން ނަޝީދަށް ވެސް އެފުރުސަތު ފަހިކޮށް ދެއްވީއެވެ. ގާނޫނާ ހިލާފަށެވެ. 

ޝަރުތު ހަމަ ނޫން ދެ މީހުން ކަމުގައިވާ މައުމޫނާއި ނަޝީދުއަށް 2008 ވަނަ އަހަރު ގާނޫނު އަސާސީ އާއި ހިލާފަށް އަޒިމާމެން ހޯދާދިން ގައިރު ގާނޫނީ ފުރުސަތުން ގައުމު އަދިވެސް މިއުޅޭނީ އަރައި ނުގަނެގެންނެވެ. އާޒިމާމެންގެ ފެން ނުހިފޭ ގާނޫނީ ހަމައިގައި ރިޔާސީ އިންތިހާބަށް މައުމޫނު ކުރިމަތި ލައްވާން ވުމުން އައު ގާނޫނު އަސާސީގެ ދަށުން  ދެ ދައުރު ރައީސްކަން ކުރި މީހަކަށް މައުމޫނު ނުވިއެވެ. އައު ގާނޫނު އަސާސީގެ ދަށުން ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ވުމުން މައުމޫނު އައު ގާނޫނު އަސާސީގެ ދަށުން ރައީސް ކަން ކުރެއްވި ބޭފުޅަކަށްވެ އިނާޔަތް މައުމޫނަށް ހައްގެވެއެވެ.   

ބޭސިކް ޑިމޮކްރެޓިކް ޕްރިންސިޕަލްއަށް ވެގެން ހުރިހާ އެންމެނަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވަންޏާ ޔާމީނެކޭ އެއްގޮތަށް ޝަހުމާއި ހުމާމަށް ވެސް އެފުރުސަތު ދޭން ޖެހޭނެއެވެ. އާޒިމާގެ ބަންޑާރަ ނައިބު ކަމުގައި މައުމޫނު ސަރުކާރުން ކޮމްޕްރަމައިޒްވީ މައުމޫނަށް ވެރިކަން ހޯދުމުގެ ދަހިވެތިކަން އޮތްލެއް ބޮޑުކަމުންނެވެ. ރައްޔިތުންނަށް ހެވެއް އެދިގެން ކުރި ކަމަކަށް އެކަމެއް ނުވެއެވެ. 

]]>
Sun, 25 Jun 2023 12:29:00 +0500 ހީރަސްނިއުސް
ކިތަންމެ ގިނަ ބަޔަކު ތާއީދު ކުރިޔަސް ވަގަކު ވާނީ ވަގަކަށް https://heerasnews.com/1556 https://heerasnews.com/1556 ކްރިމިނަލް ކޯޓުގައި ޝަރީއަތް ތާވަލު ކުރަންޖެހެނީ ވެސް ހަސްމުން ނުވަތަ ހަސްމުންގެ ވަކީލުން ކުރެން އަހާ އެ މީހުން ބޭނުންވާ ގޮތަށް ހެއްޔެވެ. އެއީ އެއްވެސް އިރަކު ކަންކޮށް އުޅޭ ގޮތެއް ނޫނެވެ. ޝަރީއަތް ތާވަލުކޮށް ޝަރީއަތަށް އަންނަން ކިޔުމުން ހަސްމަށް ޖެހޭނީ ޝަރީއަތަށް ހާޒިރުވާށެވެ. ބައެއް ހާލަތްތަކުގައި ހަސްމުން އެދޭ ގޮތަށް ތާވަލު ކުރުން އަވަސްކޮށް ލަސްކޮށްދީ ހަދަނީ ވެސް ޝަރުއީ މަސްލަހަތެއް އޮވެގެންނެވެ. ޝަރީއަތުގައި އޮންނާނީ ހަމަ އެކަނި ޝަރުއީ މަސްލަހަތެވެ. ސިޔާސީ މަސްލަހަތެއް ޝަރީއަތުގައި ނުއޮންނަނެއެވެ. 

ޝަރީއަތުން ކުރާ ހުކުން ހަރާންކޮށް ސިޔާސީ މަސްލަހަތު އިސްކޮށްގެން ޝަރީއަތަށް ނުފޫޒު ފޯރުވަން ޔާމީނުގެ ދިފާއީ ވަކީލުންނެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. ޝަރީއަތުގެ ކުރިމަތީގައި ޔާމީނެކޭ އެހެން މީހެކެ އެއްވެސް ތަފާތެއް ނުއޮންނާނެއެވެ. ކިތަންމެ ގިނަ ބަޔަކު ތާއީދު ކުރިޔަސް ވަގަކު ވާނީ ވަގަކަށެވެ. ގިނަބަޔަކު ތާއީދު ކުރުމަކީ ޝަރީއަތުން ރިއާޔަތް ކުރަން ޖެހޭ ކަމެއް ނޫނެވެ. 

އެއްވެސް މީހަކަށް ރިޔަސީ އިންތިހާބަށް ކުރިމަތި ލެވޭނީ ގާނޫނީ ހަމަތަކުގެ މަތިން ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ ވަރަށް ކުށެއް ބުށެއް ނެތިއްޔާއެވެ. ވަކި މީހަކު ރިޔާސީ އިންތިހާބަށް ނެރެން އެ މީހަކު ސާފުކޮށް ދިނުމަކީ ޝަރީއަތުން ކޮށްދޭން ޖެހޭ ކަމެއް ނޫނެވެ. ޝަރީއަތުގެ ޒިންމާ އަކީ ހުށަހެޅޭ މައްސަލަތަކަށް ވީހާވެސް އަވަހަކަށް އިންސާފު ހޯދާ ދިނުމެވެ. އިންސާފުގެ ކުރި މައްޗަށް ގެނެވޭ މީހަކީ ރައީސް ކަން ކޮށްފައި ހުރި މީހެއްތޯ ނޫންތޯ ޝަރީއަތަކުން ނުބަލާނެއެވެ. އިންތިހާބަކަށް ކުރިމަތިލާ މީހެއްތޯ ނޫންތޯ ވެސް ޝަރީއަތަކުން ނުބަލާނެއެވެ. ކޮން ބަޔަކު ލޯބިވާ ކަކުތޯ ވެސް ޝަރީއަތަކުން ނުބަލާނެއެވެ. 

ޝަރީއަތަކީ ކޮމްޕްރަމައިޒް ކުރާތަނެއް ނޫނެވެ. މީހަކު ރުހޭ ނުރުހޭ ބަލާ ތަނެއްވެސް ނޫނެވެ. އަނެއް ކޮޅުން ކޯޓެއްގައި ހިންގާ އިސްތިއުނަފީ މައްސަލައަކާ ހުރެ ދަށުކޯޓުގައި ދައުވާ ކުރެވޭ އެހެން މައްސަލައެއް ފަސްކޮށް ލަސް ކުރާކަށް ނުޖެހޭނެއެވެ. ދެ ކޯޓަށް އެއްވަގުތެއްގައި ހާޒިރުވާން ޖެހިއްޖެ ހަސްމަކު ވަގުތުގެ ފުށުއެރުން ހައްލުކުރަން އުޅުމަކީ އެ ހަސްމެއްގެ އަމިއްލަ ކަމެކެވެ. އެ ހަސްމެއްގެ ދިފާއީ ވަކީލުންގެ ޒިންމާއެކެވެ. 

ޔާމީނު ވެގެން ވަކި ތަފާތު ގޮތަކަށް ކަންކަން ކުރުވުމަށް މަސައްކަތް ކުރުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅުމެވެ. އަމްދުން ޕީޕީއެމުން ބައި ހަދާފައި ޕިޖީ އަރިހަށް ގޮސް މައްސަލައަށް ނުފޫޒު ފޯރުވާން އުޅުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ޔާމީނުގެ ދިފާއުގައި މަސައްކަތް ކުރެވޭނީ ޔާމީނަށާއި އޭނާގެ ފަރާތުން ދިފާއީ މަސައްކަތް ކުރަން ހަވާލުކޮށްފައި ތިބި ވަކީލުންނަށެވެ. އެވެސް ޝަރީއަތުގެ ތެރޭގައެވެ. ޝަރީއަތުން ބޭރަކު ނޫނެވެ. އަނެއްކޮޅުން އޭނާގެ އަނބި ދަރިންނަށްވެސް އޭނާގެ ހައްގުގައި މަސައްކަތް ކުރެވެނީ ޝަރީއަތުން ބޭރުން ހިނގާ ޒާތީ ހައްގު ކަށަވަރު ކުރުމުގެ ކަންކަމުގައެވެ. ޔާމީނުގެ ދިފާއުގެ ނަމުގައި ޕީޕީއެމަށް ކުރެވޭނެ އެއްކަމެއް ވެސް ނުއޮންނާނެއެވެ. އެގޮތަށް ޖަމައަތް ހަދައިގެން މުއައްސަސާތަކަށް ހިނގާ ބިރުދައްކާ މުޒާހަރާ ކުރުމަކީ ހައްތަހާ ވެސް ކުރެވޭ ކުށެވެ. އުފައްދާ ފިތުނައެވެ. އެކަމުން ޔާމީނަށް ލިބެނެ އިންސާފެއް ނުއޮންނާނެއެވެ.   

ޝަރީއަތް ކިތަންމެ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން ތާވަލު ކުރިޔަސް ވަކީލުން ޖެހޭނީ ޝަރީއަތަށް ހަމަ ދާށެވެ. އެކަމާ ނުރުހިގެން ވާހަކަ ދައްކާއިރު އަނެއްކޮޅުން ރިޔާސީ އިންތިހާބުގެ ކުރިން މައްސަލަތައް ނުނިންމައިގެން އެހާ ކަންތައް ބޮޑު ކުރެއެވެ. އަވަހަށް ޝަރީއަތް ބާއްވާތީ ވެސް ކަމަކު ނުދެއެވެ. ލަސްވެގެންވެސް ކަމަކު ނުދެއެވެ. އަޅެ ހިތްވަރު ހުރިއްޔާ ނުފޫޒު ފޯރުވަން ނޫޅެ ކުށެއް ނެތްކަން ޝަރީއަތަށް ސާބިތު ކޮށްދޭށެވެ.

ސިޔާސީ ގޮތުން ބިރު ދައްކަން ޕިޖީ ގާތަށް ގޮސް ޕީޖީގެ އަނގައިގައި މަލަން އަޅަން ކޮންމެހެން އުޅޭނެ ކަމެއް ނެތެވެ. ސިޔާސީ ބަޔަކު ޕީޖީއަށް ގޮސް ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅުމަކީ ބިރު ދެއްކުމުގެ އަމަލެކެވެ. ރައީސް އޮފީހުން ގަޒީންނަށް ނުފޫޒު ފޯރުވަނިއްޔޭ ކިޔަމުން ދުވަލު ދެ ދަޅައަށް ރައީސާ ބައްދަލުކުރުމުގެ ނަމުގައި އެބަދެއެވެ. ޕީއެމްގެ ލީދަރޝިޕްގައި ތިބި މީހުންގެ ބޭނުމަކީ ޔާމީނު މިނިވަން ކުރުމެއް ނޫނެވެ. އެމީހުން މަޝްހޫރުވުމެވެ. އެދޭ ގޮތްނޫން ކޮންމެ ގޮތަކަށް އިއްވާ ނިޔާއަކީ ހަރާން ހުކުމެއް ގޮތުގައި ސިފަކޮށް މުޒާހަރާ ކުރަނީ އެހެން ވެގެންނެވެ. ބޭނުމަކީ ވެރިކަން ލިބުމުން އެހެން ހަދާނަމޭ މިހެން ހަދާނަމޭ ބުނެ ފަޑިޔާރުންނާ ޕިޖީއަށް ބިރު ދެއްކުމެވެ. ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.

]]>
Fri, 23 Jun 2023 18:11:53 +0500 ހީރަސްނިއުސް
އުޝާމަށް: ދިފާއީ ވަކީލުކަމުން މިލިޔަނުން ނުލިބެނީތަ! https://heerasnews.com/1397 https://heerasnews.com/1397

ރާއްޖޭގައި ގާނޫނީ ހަމަ މި އެނގެނީ ސިޔާސީ ހަސަދައިން ފޯވެފާތިބި ހައެއްކަ ވަކީލުންނަށް އެކަންޏެވެ. އެއިން މީހަކު ބުނެފިނަމަ އެއީ ހައްގުތެދެވެ. އެއިގެތެރެއިން ވެސް އަރާ ހުންނެވި ބޭފުޅެއްގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާހަގަވެއެވެ.

މިހާރު ދިވެހިރާއްޖޭގައި ޖުޑީޝަރީއެއް އޮތުމުގެ އެއްވެސް މާނައެއް ނެތް ކަމަށް އެމްއެންޕީގެ ނައިބުރައީސްކަން ކުރައްވާ އުޝާމް ވިދާޅުވާއިރު އެމަނިކުފާނަށް ވާނުވާ އެނގިވަޑައިގަނޭ ބާއެވެ. ތައައްސަބުން ފުރިވަޑައިގެން ހުންނަވާ ސިޔާސީގޮތުން ވަކި ފަރާތަކަށް ހަމަލާދެއްވުމުގެ ގޮތުން ކަންކަން މާ ބޮޑުކޮށްލައްވައިގެން ޓްވީޓް ކުރައްވާއިރު ކަމެއް ހިނގާފައިވާ ގޮތް ރަނގަޅަށް އެނގިވަޑައިވެސް ނުގަނެއެވެ. 

ރިސޯޓެއް ހެދުމަށް ނޫނު އަތޮޅު ރާފުށި 2010 ވަނަ އަހަރު ކުއްޔަށް ދީފައިވަނީ އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ވިލުފުށީ ދާއިރާގެ މެންބަރ ހަސަން އަފީފާއި މޫސާ ހަސަންއެވެ. ވެވުނު އެއްބަސް ވުމާއެއް ގޮތަށް އޭރު އޮތް ސަރުކާރު ތަކުން އޮތީ އަމަލު ނުކޮށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހަސަން އަފީފްގެ މަސްލަހަތު ބޮޑުކޮށް އޮތް ކުންފުންޏަކަށް ރިސޯޓް ހަދަން ރާފުށި ދިންކަމަށް ވިޔަސް އެއްބަސް ވުމާއި އެއްގޮތަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން އޮތީ ކޮންނުދިއެވެ. ރައީސް ވަހީދުގެ ބަގަވީ ސަރުކާރުން ވެސް އެކަމެއް ނުކުރިއެވެ. ރައީސް ޔާމީނު ސަރުކާރުން ވެސް ސަރުކާރުން އަދާކުރަންޖެހޭ ޒިންމާ އަދާކޮށް ނުދީ އެ ކުންފުނިން ރަށް އަތުލާ އެގްރިމަންޓް ބާތިލު ކުރީއެވެ. ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްއަށް ލިބޭ ގޮތަށެވެ. ހަމައެއް ލަމައެއް ނެތިއެވެ. 

ކުރީގެ ސަރުކާރު ތަކުން އަމަލުކޮށްފައި ހުރިގޮތުން ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ކުންފުނިތަކާއި ބޭރުގެ އިންވެސްޓަރުންނަށް ލިބިފައިވާ ގެއްލުން ތަކަށް އަދުލުވެރި ބަދަލު ހޯދާ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަރުކާރުގެ އިހުމާލުން ނުވަތަ ގަސްދުގައި ވިޔަސް އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ ސަރުކާރުން ނަގައި އަދުލުވެރިކަމާއެކު އެކަމެއް ނިންމާ ދިނުމަކީ ރައީސް ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ. އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ވެސް ކޮންމެހެން ކުރާންޖެހޭ ކަމެކެވެ.

މައްސަލައެއްގައި، ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލު ގެ އަދަދު، މައްސަލަ ހައްލުކުރުމުގައި ދެވޭ އަދަދަށްވުރެ ބޮޑުވެދާނެ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި ނުވަތަ މައްސަލައެއް ހައްލު ކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ހައްލުކުރުމެވެ. އެކަމަށްޓަކައި ރައީސް އޮފީހުގައި އެކަމަށް ހާއްސަ ކޮމެޓީއެއް އުފައްދަވާ ކޮންމެ މައްސަލައެއް ކޯޓުން ހައްލުކުރަން އުޅުމުގެ ބަދަލުގައި ކޯޓުން ބޭރުން ހައްލު ކުރެވޭނެ މަގު ރައްޔިތުންނަށް ރައީސް އެ އޮތީ ދައްކަވާ ދެއްވާފައެވެ. އެމަގުން ސުލްހަވެރި ހައްލު ހޯދުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތެވެ. ރައްޔިތުމީހާއަށާއި ކުންފުނިތަކާއި އިންވެސްޓަރުންނަށް ވެސް އެންމެ ފައިދާ ބޮޑު ނަތީޖާ ހާސިލު ކުރުމުގެ އެންމެ ކުރު މަގެވެ. އެއީ އަކީ އުޝާމް އެ ވިދާޅުވާހެން ޖުޑިޝަރީގެ ބޭނުން ކަނޑުވާލުމެއް ނޫނެވެ. ދައުލަތުގެ އެސިޓް ބެހުމެއް ވެސް ނޫނެވެ. ދުނިޔޭގެ ތަހުޒީބު މުޖުތަމައު ތަކުގައި ވެސް އަމަލު ކުރާ ރީތި އަވަސް ގޮތެވެ. ހުރިހާ ފަރާތަކަށް ވެސް އެންމެ ގެއްލުން ކުޑަގޮތެވެ. 

އުޝާމް މެން ތިއްބަވައިގެން ފާސްކޮށް އަމަލު ކުރެވެމުންދާ މަދަނީ އިޖުރާއަތުގެ ގާނޫނު ވެސް ބުނެދޭ ގޮތެވެ. ޝަރީއަތަށް ހުށަހެޅޭ މައްސަލަ ތަކުގައި ޑިސްޕިއުޓް މަރުހަލާއެއް ހިމެނިފައި އޮންނަ މަފްހޫމް ވެސް އުޝާމަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ސިޔާސީ ބޭނުމަށްޓަކައި ވަކިވަކި ބޭފުޅުންގެ އަގުވައްޓާލުމުގެ ނިޔަތުގައި އުޝާމްމެން ތިޔަ އުފައްދަވަނީ ފިތުނައެވެ. ނ. ރާފުށި މައްސަލާގައި ކަން ހިނގާފައިވާ ގޮތް އަކުރުން އަކުރަށް ބެއްލެވުމެއް ނެތި ހުކުމް ކުރައްވަން އުޝާމަށް އޮތް ހައްގަކީ ކޮބައިހެއްޔެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ދަށުން ތިމާއަށް ރަނގަޅަށް ނޭނގޭ ކަމެއްގެ ވާހަކަ ހިތުހުރި ގޮތަކަށް ދެއްކުމަކީ ފިތުނައެވެ. ފަސާދައެވެ. 

އަދުލުވެރި ބަދަލު ހޯދާ ދެނީ ވަކި މީހެއް ވެގެނެއް ނޫނެވެ. ކުޑަވެސް ޒާތީ ތައައްސުބެއް މި ސަރުކާރުގައި އޮތް ނަމަ ރައީސް ސޯލިހަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ މި ސަރުކާރު ނޫން ގޮތެއް ހޯއްދަވަން އުޅުއްވާ ހަސަން އަފީފްގެ މަސްލަހަތު ބޮޑުކޮށް އޮތްކަމެއް މި ސަރުކާރަކުން ނުކުރީހެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބަފައިބެ މޫސާ ހަސަންއަށް ނިސްބަތްކޮށް ސިޔާސީ ގޮތުން ފަސާދަ އުފައްދާއިރު ފައްޔާޒަށް ވުރެ ހަސަން އަފީފްގެ ސީދާ މަސްލަހަތު އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގައި ބޮޑެވެ.

2010 ވަނަ އަހަރު ދޫކުރި އެ އަތޮޅު ރާފުށި ތަރައްޤީ ނުކޮށް އޮތްވާ އެ ރަށް ކުރީގެ ސަރުކާރުން އަތުލުމުން ލިބުނުގެއްލުމުގެ އަދުލުވެރި ބަދަލެއްގެ ގޮތުގައި ނ. އަތޮޅު އެކުޅިވަރު އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓްއަށް ދިނުމުގައި ގޯހެއް އޮތްނަމަ އިންސާފު ހޯއްދަވަން އުޝާމް ޝަރީއަތަށް ވަޑައި ގަންނަވާށެވެ. އެކަމުގައި ހުރަހެއް ނެތެވެ.

ކޯޓު މެދުވެރި ނުކޮށް ކޯޓުން ބޭރުން ކަންކަން ސަރުކާރުން ހައްލު ކުރަންޏާ އުޝާމުމެން ކަހަލަ ލޯޔަރުން ކަންބޮޑުވެ ވަޑައިގަންނަވާނެއެވެ. ސަރުކާރާ ދެކޮޅަށް ދިފާއީ ވަކީލުންގެ ގޮތުގައި ކޯޓަށް ވަޑައިގެން ކޮންމެ މައްސަލައަކުން މިލިޔަން މިލިޔަން ރުފިޔާ ލިބުމުގެ ފުރުސަތު ހަނިވި ވަރަކަށް ރުޅި ގަދަވާނެއެވެ. ހިތުހުރި އަގެއް ކިޔައިގެން ދިފާއުކޮށްދިނުމުގެ ނަމުގައި އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް އިން ފައިސާ ލިބޭގޮތް ނުވީމާ ޖުޑިޝަރީގެ ބޭނުން ކެނޑިއްޖެއޭ ވެސް ވިދާޅުވެ ވޭނެއެވެ.

]]>
Wed, 17 May 2023 13:21:34 +0500 ހީރަސްނިއުސް
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތަކީ ހިނގިކަމެއްތަ! https://heerasnews.com/1345 https://heerasnews.com/1345 އެމްޕީއާރުސީއާއި ގުޅޭ އެއްވެސް ޝަރީއަތެއްގައި ވެސް ތަހުގީގެއްގައި ވެސް ޒިޔަތާއި އަދީބު ކުރެން ހޭވެސް އަހަލައިގެން ނުވާނެއެވެ. އޭގެން އެއްވެސް ޖަރީމާއެއް ހިންގުމުގައި އަދީބާއި ޒިޔަތުގެ އެއްވެސް ބައިވެރި ވުމެއް އޮތީއެއް ނޫން ވިއްޔާއެވެ. އެ މީހުން ކުރެން އެއްޗެއް އަހައިގެން އެއްޗެއް އެނގޭނީ އެ ދެމީހުން ކުރެ މީހަކު އެއިން ކަމެއްގައި ބައިވެރި ވެފައި އޮތް ނަމަތާއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. އެމްއެމްޕީއާރުސީގެ ހުރިހާ ވައްކަމެއް ހިންގީ އަދީބާއި ޒިޔަތުކަމަށް އެއްކޮޅުން އެބަ ބުނެއެވެ. އެކަމުގައި ޔާމީނަކީ ބޯކިރު ފޮދެކެވެ. އެމްއެމްޕީއާރުސީން ހިންގި ކޮންމެ ޑީލެއްގެ ތެރެއިން ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާވީ ޖަމާވުމަކީ އިއްތިފާގެކެވެ. އެމްއެމްޕީއާރުސީ ބާލިދީ ދަށުގައި އެލުވާފައި ހުރި ޔާމީނުގެ ބޮޑު ބާލިދީއެއް ހުރީމާ އެމްއެމްޕީއާރުސީ ބާލިދީ ފުރެގެން ފައިބާ ފައިސާ ޔާމީނު ބާލިދީއަށް އެޅުނަސް ޔާމީނު ކުރާނީ ކީއްހެއްޔެވެ. އިއްތިފާގުން ޔާމީނު ބާލިދީގެ މަތީގައި އެމްއެމްޕީއާރުސީ ބާލިދީ ހުރީތާއެވެ. އޭގައި ޔާމީނު ކުރާނެ ކަމެއް ނޯންނާނެއެވެ.

ބަތް ތަވާގައި ލޮނު ގަދަވީމާ ކައްކާ މީހާ ކުރެން އެ ވަހަކަ ނާހާ ލޮނު ގަދަވީ ކީއްވެތޯ އަހާނީ ކާކު ކުރިން ހެއްޔެވެ. އެ ތަވަޔާ އެހެން މީހަކު ގާތްވިޔަސް އެންމެ ރަނގަޅަށް އެގޭނީ ކައްކާ މީހާއަށެވެ. އެމްއެމްޕީއާރުސީ ހިޔާނަތުގައި ވެސް އޮންނަނީ އެގޮތެވެ. 

އެމްއެމްޕީއާރުސީން ކުރިކަމެއް އޭރުކުރީ އަދީބާ ޒިޔަތެވެ. އެކަމުގައި ޔާމީނުގެ ބައިވެރިވުން އޮތްވަރު ވެސް އެންމެ ރަނގަޅަށް އެނގެނީ އެ ދެމީހުން ނަށެވެ. އެ ދެމީހުން ބުނާ އެއްޗެއް ނޭނގި މައްސަލައިގެ އަސްލަށް ވާސިލު ވެވޭނެ އެއްގޮތެއް ވެސް ނުއޮންނާނެއެވެ. ޔާމީނަށް ރައްދުވާ މައްސަލަތަކުގައި މައްސަލަ ރައްދުވާ ޔާމީނާ އޭނާ ބުނާހާ ބަޔަކު އެކަނި ދައްކާ ވާހަކައަކުން ހަގީގަތެއް ނެނގޭނެއެވެ. ހަމައެހެން އަދީބާއި ޒިޔަތު ބުނާހާ އެއްޗަކީ ވެސް ހަގީގަތަށް ނުވެދާނެއެވެ. 

މައްސަލައިގެ ހަގީގަތަށް ވާސިލު ވެވޭނީ ޔާމީނު ބުނާ އެއްޗަކާއި އަދީބާއި ޒިޔަތު ބުނާ އެއްޗަކާ ރަނގަޅަށް އެނގި އެއް ބުނުމުން އަނެއް ބުނުމަށް ބާރުލިބޭ ހެކިތަކާއި ގަރީނާ ތަކުންނެވެ. އަދީބާއި ޒިޔަތަކީ ފާސިގުންނަށް ހަދާ އެ މިހުންގެ ބަސް ނުހޯދާ ހޯދޭނެ ހަގީގަތެއް އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ނުއޮންނާނެއެވެ. ދުޝްމަން ކަމެއް އޮތަސް އެމީހުންގެ ބުނުމުގެ ތެދު ދޮގު ބެލޭނެ ހަމަތަކާއި ގޮތްތައް ހުންނާނެއެވެ. މައްސަލައިގައި ޔާމީނު ހަދަނީ ހުސް ތެދުކަމަށް ފަނޑިޔާރުން ދެކެން ޖެހޭނެ ސަބަބެއް ނުއޮންނަނެއެވެ. އަދި އަދީބާ ޒިޔަތާ ހަދަނީ ހުސް ތެދު ކަމަކަށް ވެސް ނުވާނެއެވެ. ފަނޑިޔާރުން ރިއާޔަތް ކުރާނީ މައްސަލައިގެ ވަށައިގެން ހުރި ހުރިހާ ކަމަކަށެވެ. 

އިޖުރާއީ ހަމައެއް ދައްކައިގެން ފާސިގުންގެ ވާހަކަ ޔާމީނާ އެނާގެ ވަކީލުން ދައްކަނީ މައްސަލަ ތަކުން ބޯދަމައިގަންނަން ވެގެންނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ހިނގިކަމެއް ކަމަށް ވާނަމަ އަދީބާއި ޒިޔަތުގެ ބަސް ނުހޯދާ އެ މައްސަލައަށް ލީބެނެ އިންސާފެއް ދައުލަތުން ގެއްލުނު ފައިސާއެއް ލިބޭނެ އެއްގޮތެއް ވެސް ނުއޮންނާނެއެވެ. އަނެއް ކޮޅުން ޔާމީނަކީ ވަގެއް ނޫން ކަމަކަށް ވެސް ނުހެދޭނެއެވެ. 

]]>
Sun, 07 May 2023 18:12:17 +0500 ހީރަސްނިއުސް
އީއީޒެޑްގެ ފުށުއެރުން ހައްލުކުރުން ގާނޫނާ ޚިލާފީ ކީއްވެ! https://heerasnews.com/1314 https://heerasnews.com/1314 ދިވެހި ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ގާނޫން އަސާސީގައި ބަޔާން ކޮށްފައި އެބަ އޮތެވެ. ގާނޫން އަސާސީގެ 3 ވަނަ މާއްދާ ގައި ވަނީ އަންނަނިވި އިބާރާތުންނެވެ. " ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުންނެވެ." 

1. ދިވެހިރާއްޖޭގެ ސަރަހައްދު: ދިވެހިރާއްޖޭގެ ސަރަހައްދަކީ ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ.

2. އާކިޕެލަޖިކް ބޭސްލައިން: ރާއްޖޭގެ ބޭސް ލައިނަކީ ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މަތިން ރާއްޖޭގެ ބޭރުދުނިން އެންމެ ބޭރަށް ނިކުމެފައިވާ 37 ނުކުތާ، އެއް ނުކުތާ އަނެއް ނުކުތާއާއި ތެދުރޮގުން ގުޅާލެވި ވަށާޖެހިފައިވާ ރޮގެވެ. 

3. ރާއްޖޭގެ ސަރަހައްދީ ކަނޑު: ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބުނާ ރާއްޖޭގެ ސަރަހައްދީ ކަނޑަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ (ޓެރިޓޯރިއަލް ސީ) ސަރަހައްދެވެ.

އެހެން ކަމުން ދިވެހިރާއްޖޭގެ ސަރަހައްދަކީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިނުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވުކަން އޮޅުމެއް ނެތިއެނގެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުންނޫނީ ބަދަލެއް ގެނައުން ގާނޫނު އަސާސީގެ ތިންވަނަ މާއްދާއިންނާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއިން މަނާ ކުރަނީ އާކިޕެލެޖިކަލް ބޭސްލައިގެ އެތެރެއާއި ބޭސްލައިންގެ ބޭރުން 12 ނޯޓިކަލް މޭލުގައި ހިމެނޭ ޓެރެޓަރީއެވެ. ހާއްސަ އިގްތިސާދީ ސަރަހައްދަށް އަންނަ ބަދަލަކުން ކުރިން ބުނި ޓެރެޓަރީއަށް ބަދަލެއް ނާންނަހާ ހިނދު އިގްތިސާދީ ސަރަހައްދަށް ބަދަލު ގެނައުމުގެ ބާރު ސަރުކާރަށް ގާނޫނު އޮތީ ދީފައެވެ. 

އެކަން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގައި ސާފުކޮށް ބުނެދީފައި އެބައޮތެވެ. ކަނޑުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހިރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމަންޓެއްގެ ދަށުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް އެ ޤާނޫނު ހުރަސް ނާޅާކަމަށެވެ.

އަދިކިއެއް ހެއްޔެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ)ވެސް އެކަމަކަށް ހުރަހެއް ނާޅައެވެ. އެމާއްދާގެ (ށ) ބުނަނީ " މި މާއްދާގެ (ހ)ގައި އެހެން އޮތްނަމަވެސް މި މާއްދާގައިވާ ގޮތުގެ މަތީން ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަހައްދަށް ގެނެވޭ އެއްވެސްބަ ދަލަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ކަމުގައި ވާނަމަ އެއިން އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އެބުނެދޭ އެތި ވަރަށް ސާފެވެ. ހާއްސަ އިގްތިސާދީ ސަރަހައްދަށް ގެންނަ ބަދަލަކުން ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި އެބުނާ ރާއްޖޭގެ ސަރަހައްދު ( ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު) އަށް އެއްވެސް ބަދަލެއް އަންނަ ނަމަ އެބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ)ގައި އޮތީ ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަހައްދަށް ގެނެވޭ އެއްވެސްބަދަލަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ކަމުގައިވާ ވާހަކައެއް ނޫނެވެ. އެމާއްދާގެ (ށ)ގައި އޮތީ ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަހައްދަށް ގެނެވޭ އެއްވެސްބަދަލަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ކަމުގައިވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން އެބަދަލު ގެންނަ ވާހަކައެވެ. 

މޮރިޝަސްއާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހަމަ ޖެއްސުމުގައި ގާނޫނު އަސާސީ އެބުނާ ރާއްޖޭ ސަރަހައްދަކަށް އެކަމުގެ ސަބަބުން އެއްވެސް ބަދަލެއް ނާދެއެވެ. ރާއްޖޭގެ ސަރަހައްދަށް ބަދަލު ނާންނަހާ ހިނދު ހާއްސަ އިގްތިސާދީ ސަރަހައްދަށް އަންނަ ބަދަލު މަޖިލީހުން ފާސްކުރަން ނުޖެހޭކަން ސާބިތެވެ. މޮރިޝަސްއާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހަމަ ޖެއްސުމަކީ ގާނޫނު އަސާސީ ހިލާފަށް ކުރިމެއް ނޫނެވެ. ގާނޫނީ ހަމަތަކުން ހިނގާ ނިމިދިޔަ ކަމެއްކަން ޔަގީނެވެ.  

]]>
Sun, 30 Apr 2023 00:24:53 +0500 ހީރަސްނިއުސް
ޕީޕީއެމްއަށް: ޗާގޯހުގެ ސިޔާދަތު ކަނޑައަޅަނީ އިޓްލޮހެއްނޫން! https://heerasnews.com/1296 https://heerasnews.com/1296 ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތުމަށް ދިވެހިން ނުރުހޭކަން ހާމަކޮށް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް އިދިކޮޅު ޕީޕީއެމުން ސިޓީއެއް ފޮނުވަން ނިންމައިފިއެވެ. ގައުމެއްގެ ރައްޔިތުންގެ ނަމުގައި ގޮތް ނިންމުމުގެ ބާރު އޮންނަނީ އެގައުމެއްގެ ސަރުކާރަށެވެ. އުފެދިފައި އޮންނަ ސިޔާސީ ޕާޓީއަކަށް ނޫނެވެ. އަމިއްލަ ގައުމުގެ ސިޔާދަތީ ހައްގަށް ޕީޕީއެމްއިން އަރައިގަނެވޭ އިރު ޕީޕީއެމް އަކަށް ނޭނގެއެވެ. އަނެއް ކޮޅުން މިވަރު ކަމެއް ކުރަން ޕީޕީއެމުން ނިންމިއިރު "އިޓްލޮސް"އަކީ ސިޔާދަތީ ބާރު އޮތް ފަރާތް ކަނޑައަޅާ ކޯޓެއް ނޫން ކަމެއް ވެސް ޕީޕީއެމަކަށް ނޭނގުނެވެ. 

ރާއްޖޭގެ ސަރަހައްދީ އިން ކަނޑަ އެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި ކުރިއަށްދާ މައްސަލައާއި ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ފަރާތް ކަނޑައެޅުމުގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ ކޮން ގައުމަކަށްތޯ ކަނޑައެޅުމަކީ އދ މަޖިލީހުގެ ކަމެކެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް ބަޔާންކޮށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިން އިން އިސްތިޝާރީ ލަފައެއްދީ އެލަފަޔަށް ބުރަވެ އެގޮތަށް އެކަން އޮންނަން ފެންނަ ކަމަށް އދ ގެ އާއްމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ވަނީ ފާސްކޮށްފައެވެ. ޗާގޯސްގެ ސިޔާދަތީ ބާރާ ބެހޭ އެންމެ ފަހުގެ ނިންމުންވެސް ނިންމާނީ އދގެ ސަލާމަތީ މަޖިލިހުންނެވެ. "އިޓްލޮސް" އަކުން ނޫނެވެ. 

ޗާގޯސް ގެ ސިޔާދަތީ ބާރުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެކެވެ. ރާއްޖެއާ ބެހޭ ކަމެއް ނޫނެވެ. ރާއްޖެއާއި މޮރިޝަސްއާއި ދޭތެރޭގައި އޮތް މައްސަލައަކީ ރާއްޖެއާއި ޗާގޯސްއާއި ދެމެދުގެ ކޮންޓިނެންޓަލް ޝެލްފްއިން 200 ނޯޓިކަލް މޭލް ރާއްޖެއަށް ހަމައަށް ނުލިބޭ މައްސަލައެވެ. ރާއްޖެއާއި ޗާގޯސްއާއި ގެ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލު ކުރުމުގެ މައްސަލައެވެ.

އިގްތިސާދީ އިންވަކިކުރުމާ ސިޔާދަތީ ބާރު ކަށަވަރު ކުރުމާ ދެ މައްސަލައަކީ އުޑާބިމަހާ ތަފާތު ދެމައްސަލައެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތަސް އިގިރޭސިވިލާތަށް އޮތަސް އެމެރިކާއަށް އޮތަސް ޗާގޯސްއާއި ރާއްޖޭގެ ސަރަހައްދީ އިމުން 200 ނޯޓިކަލް މޭލު ހަމަ ނުވާ މައްސަލަ ހައްލު ނުކުރާހާ ހިނދަކު އެމައްސަލަ އޮންނާނެއެވެ. ރާއްޖޭން އެންމެ ފުކެއްވެސް ދުލެއް ނުކުރާނެއެވެ. އެހެންވެ މައްސަލަ ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީއެލްސީއެސް) އަށް 26 ޖުލައި 2010 ގައި ރާއްޖެއިން ހުށަހެޅިއެވެ. އެ ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމުން އެ މައްސަލަ ވަކި މައްސަލައެއް ގޮތުގައި ހިންގަމުން ވެސް އެބަދެއެވެ.

ރާއްޖެއާއި މޮރިޝަސް އާދެމެދު "އިޓްލޮސް" ގައި ޝަރީއަތް ހިނގަނީ އިގްތިސާދީ އިމުގެ ފުށުއެރުމުގެ މައްސަލާގައެވެ. ޗާގޯސްގެ އިމުގެ މައްސަލައިގައި މޮރިޝަސްއަށް ރާއްޖެއާ ދެކޮޅަށް "އިޓްލޮސް"ގައި ވަކާލާތު ކުރުމުގެ ހައްގު އޮތްކަމަށް ކަނޑައަޅައިގެން އުޅެނީކީ ރާއްޖެއަކުން ނޫނެވެ. އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ އިންނެވެ. ޗާގޯސްގެ އިމުގެ މައްސަލައިގައި ޗާގޯސްގެ ހައްގުގައި މަސައްކަތް ކުރަނީ އެތާ އަސްކަރީ މަރުކަޒު ހަދައިގެން އުޅޭ އެމެރިކާ އަކުން ނޫނެވެ. އިސްތިއުމާރު ކޮށްގެން އުޅުނު އިގިރޭސި ވިލާތަކުން ވެސް ނޫނެވެ. ޗާގޯސްގެ ސިޔާދާތީ ބާރު ލިބިގެންވާ ކަމަށް ބުނާ މޮރިޝަސް އިން އެކަންޏެވެ. މޮރިޝަސްއަށް އެހައްގު ލިބިގެން ނުވާ ކަމަށް " އިޓްލޮސް" ގަބޫލު ކުރާނަމަ އެ ޝަރީއަތް ހިގާނީ މޮރިޝަސް އާއި އެކުގައެއް ނޫނެވެ. ކޮންމެވެސް އެހެން ބަޔަކާއެކުގައެވެ.

ރާއްޖޭގެ ސަރަހައްދީ އިމުން 200 ނޯޓިކަލް މޭލު ހަމަ ނުވާ މައްސަލަ މިހާރު އެވަނީ ހުކުމާ ހަމައަށް ކައިރިވެފައެވެ. އެހިސާބަށް މައްސަލަ ގޮސްފައި އެވަނީ ޗާގޯސްގެ ސިޔާދަތީ ހައްގަކީ މޮރިޝަސްއަށް އޮތް އެއްޗެއް ކަމަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް") ވެސް ބަލައިގެންފައި ވާތީއެވެ. ދިވެހި ރައްޔިތުންނަށް އޮޅުވާލަން ޗަރުކޭސް ކުޅެން ނޫޅޭށެވެ.

]]>
Thu, 27 Apr 2023 00:17:18 +0500 ހީރަސްނިއުސް
ޔާމީނާ ސޮހޭސޮރާ ވާނީ އެއްވަރު https://heerasnews.com/1277 https://heerasnews.com/1277 އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލި ޝަރީއަތް ތަކެއް އެބަ ހިނގައެވެ. އެމެރިކާގެ ތާރީހުގައި ވެސް ކުރީގެ ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލި ޝަރީއަތެއް ހިންގާފައެއް ނެތެވެ. ކަމަކީ އެމެރިކާއަށް އައުކަމެކެވެ. ޓްރަމްޕް ވިދާޅުވާގޮތުން އެ ޝަރީއަތަކީ ސިޔާސީ ކަމެކެވެ. ޑޮނަލްޑް ޓްރަމްޕްއަކީ ނުފޫޒުގަދަ ސަޕޯޓަރުން ގިނަ ކުރީގެ ރައީސްއެކެވެ. އެވެސް އެންމެ ފަހުގެ ކުރީގެ ރައީސްއެވެ. ޝަރީއަތް ލައިވްކާސްޓެއް ނުކުރެއެވެ. ވަސީލަތް ނެތިގެން ކުރެވެން ނެތިގެނެއް ނޫނެވެ. އެހެނެއް ކަމަަކު ކުރީގެ ރައީސަށް ވެގެން ޓްރަމްޕްގެ ޝަރީއަތްތައް ޓީވީން ލައިވް ކުރުވާކަށް ސަޕޯޓަރުނެއް ވެސް ނޫޅެއެވެ. ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ވެރިންވެސް އެކަމަކާ ޑިމާޑެއް ނުކުރެއެވެ. 

އިންޑިޔާގެ އިދިކޮޅު ޕާޓީ ކޮންގްރަސް އައި ގެ ލީޑަރ ރާޙުލް ގާނދީގެ މައްޗަށް އަބުރުގެ ދައުވާއެއް އުފުލި ޝަރީއަތްކޮށް ޖަލު ހުކުމެއް އެ ވަނީ ކޮށްފައެވެ. އެ ހުކުމާގުޅިގެން އިސްތިއުނާފީ ޝަރީއަތުގެ މަޖިލިސްތަކެއް ވެސް ބާއްވައިފިއެވެ. އޭގެތެރެއިން އެންމެ ޝަރީއަތުގެ މަޖިލިސްއެއް ވެސް ލައިވެއް ނުކުރެއެވެ. ލައިވް ކުރުވާކަށް އެއްބަޔަކު ވެސް ޑިމާންޑެއް ނުކުރެއެވެ. ރާހުލް ގާނދީގެ ސަޕޯޓަރުންނާއި ބިޔަ ޕާޓީއެއް ފަހަތްޕުޅުގައި ނެތިގެނެއް ނޫނެވެ. 

އެމެރިކާއާއި އިންޑިއާއަށްވުރެ ވަކީން ޑިމޮކްރެޓިކް ވަކީން ޓްރާންސްޕޭރެންޓް ސިސްޓަމެއް އޮތް ދައުލަތެއް މަދުވާނެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ދެ ގައުމަކީ ދުނިޔޭގައި އޮތް އެންމެ ޑިމޮކްރެޓިކް ދެގައުމެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަކީން ބޮޑު އެހެން ތަނެއް ނެތްހާ މިނިވަން ދެ ގައުމެވެ. އެހެނެއް ކަމަކު ކިތަންމެ ސިޔާސީ ވިޔަސް ޝަރުއީ ކަންކަމުގައި އެންމެންވެސް ގަބޫލުކުރާ ހަމަތަކެއް އޮވެއެވެ. ކުރެވޭ ޝަރީއަތްތައް މުޅި ގައުމަށް ހާމަކޮށް ލައިވް ކުރުމުން ނިކުންނަ އިޖުތިމާއީ މައްސަލަތަކާއި ހިނގާފާނެ ނުރައްކާތެރި ހަދިސާ ތަކަކަށްޓަކައި ޝަރީއަތް ލައިވް ކުރުމަކީ ގައުމީ ސަލާމަތަށްޓަކައި ވެސް ކޮށްއުޅޭ ކަންކަމެއް ނޫނެވެ. 

އެއްވެސް ގައުމެއްގައި އާއްމު ރައްޔިތުންގެ އެންމެންނަކީ ބުއްދިއާއި ވިސްނުން އެހާ ހުޅުވިފައި ތިބޭ ބައެއް ނޫނެވެ. އިލްމީ ގާބިލުކަމާއި ކަންކަމާ މެދު ގޮތްނިންމޭ ވަރުގެ ބައެއްވެސް ނޫނެވެ. ކޮންމެ މީހަކީ ފަނޑިޔާރެއް ނޫންކަން އެ ގައުތަކުގެ ރައްޔިތުން ގަބޫލުކުރެއެވެ. މީހަކު ދެކެ ކިތަންމެ ލޯބިވިޔަސް އެ މީހަކީ ކުށެއް ނުކުރާނެ މީހެއް ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ. 

ޝަރީއަތުގެ މަޖިލިހަށް ދާންޖެހޭ މީހުން ގޮސް އާއްމު ރައްޔިތުންނާ ހަމައަށް ކަން ހިނގާދާގޮތް ގެނެސް ދެވޭނެ އިންތިޒާމުތައް ހަމަޖެހި ފައިހުރެއެވެ. އެ ކަންކަމުގައި އާއްމު ރައުޔު ހޯދުމާއި ޖަންތާ އަދާލަތު އޮންނަނީ ކޯޓަކު ނޫނެވެ. ތަހުޒީބް މުޖުތަމައު ތަކުގައި ފަނޑިޔާރުގެއާއި ފަނޑިޔާރުންނަކީ ވަކި މީހަކާ ޖެހުމުން ކުޑަކަކޫ ޖަހަން ޖެހޭ ބައެއް ނޫނެވެ. ވަކި މީހަކަށް ވީތީ ކަންހިނގާ މަގު ބަދަލެއް ނުވެއެވެ. ފަނޑިޔާރުންގެ ކުރިމަތީގައި ކުރީގެ ރައީސެކޭ ސޮހެސޮރެކޭ ވަނީ އެއްވަރެވެ. ވަކި މީހެއްވެގެން ހާއްސަ އިމްތިޔާޒެއް ނުއޮންނާނެއެވެ.

އެކަމަކު ރާއްޖޭގައި އެކަން އެހެން އޮތަ ނުދޭން ޒާތްޒާތުގެ ފިއްތުންތައް ފަޑިޔާރުގެއަށް ކުރިމަތިކުރާން އުޅެއެވެ. ރައްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ނުކޮށްގެން ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ނެގި ނެގިފައި އެބަޖެހެއެވެ. ޝަރީއަތް ލައިވްކޮށް ކުރިއަށް ނުގެންދަނީ ސަރުކާރުގެ ސީދާ ނުފޫޒުގައި ކަމަށް ބުނެ ފަނޑިޔާރުގެއަށް ތުހުމަތު ތަކެއް ކޮށް ޝަރީއަތުގެ ކުރިން ފަނޑިޔާރުގޭގެ އިތުބާރު އޭނާ ކަނޑުވާލައިފިއެވެ. 

ރާއްޖޭގައި ކުރާހާ ޝަރީއަތެއް ކުރެވެނީ ލައިވް ކޮށްގެނެއް ނޫނެވެ. ލައިވް ނުކޮށް ކުރާ ކޮންމެ ޝަރީއަތަކީ އިންސާފުން ބޭރުން ކުރެވޭ ކަމެއް ކަމަށް ދޭހަވާ ގޮތަށް ގާނޫނު ހަދާ މަޖިލިސް މެންބަރުން ވާހަކަ ދެއްކުމަކީ ޝަރުއީ ނިޒާމް ފުޑުފުޑު ކޮށްލުމެވެ. ޝަރީއަތުން ކޮށްފައިވާ އެތައް ހާސް ހުކުމެއްގެ ސައްހަކަމާމެދު ޝައްކު އުފެއްދުމެވެ. އާދަމް ޝަރީފް އުމަރު އެ ވިދާޅުވާ ގޮތުން ލައިވް ނުކުރާ ޝަރީއަތުގެ މަޖިލީހަކީ ސައްހަ ޝަރީއަތުގެ މަޖިލީހެއް ނޫނެވެ. ލައިވްނުކޮށް ކުރި ހުރިހާ ހުކުމަކީ ހުކުމެއް ނޫނެވެ. 

އަޖައިބެއް ނުވާނެހެއްޔެވެ. ފަނޑިޔާރުންގެ ކުރިމަތީގައި ރައީސް ޔާމީނެކޭ ސޮހޭސޮރެކޭ އޮންނަނީ ކޮން ތަފާތެއް ހެއްޔެވެ. ޔާމީނަށް ވީމާ ޝަރީއަތް ލައިވް ކޮށްދޭން ޖެހިފާ އެހެން މީހުންގެ ޝަރީއަތް ލައިވް ނުކުރާން ނިންމުމަކީ ފެށުމުގައިވެސް ފަނޑިޔާރުންގެ ތިލަފަތް އެއްކޮޅަށް ބަރުވުމާއި ހަސްމުން ތަފާތު ކުރުން ރަމްޒުކޮށްދޭ ކަމެކެވެ. އެ ގޯސް ހައްދަން މަޖުބޫރު ކުރުވާ ކޮންމެ މީހަކާ މެދު ފަޑިޔަރުގޭން ފިޔަވަޅު އަޅަން ޖެހެއެވެ. ޝަރީއަތަށް ނުފޫޒު ފޯރުވާ ގައުމު ހަމަ ނުޖެހުމަކަށް ވައްޓާލާ ހުކުން ހަރާން ކޮށްގެން އުޅޭ އާދަމް ޝަރީފް އުމަރު މެންނަށް ފިޔަވަޅު އަޅާ ޝަރުއީ ނިޒާމް ދިފާއު ކުރުމަކީ ފަޑިޔާރުގެއިން އަޅަންޖެހޭ ފިޔަވަޅެކެވެ.

]]>
Sun, 23 Apr 2023 18:22:41 +0500 ހީރަސްނިއުސް
ޖަމީލަށް ޔާމީނު ޖަލުން ނެރެވުނު ކަމަކަށް ނުވި https://heerasnews.com/1223 https://heerasnews.com/1223 ޖަމީލުވަރު ގާނޫނީ މީހަކު ނެތިގެން ޔާމީނު މިނިވަން ކުރާނެ ކަމުގެ ބައިސާ ކެނޑިއެވެ. ޔާމީނުގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑްރިންގެ ކުށާ ރިޝްވަތުގެ ކުށަކީ ސައްހަ ގޮތުގައި ސާބިތުވެފައިވާ ކުށްތަކެއް ކަމަށް ރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ. އަނެއްކާވެސް ޖަމީލާއި ބަޅުރުއް ކުދިންނަށް ކޯޓްތައް ގޯސްވީއެވެ.

ޔާމީން ކުށްކޮށްގެން ހޯދާފައި ވާކަމަށް ސާބިތު ވެފައިވާ ފައިސާ ތަކެއް ދައުލަތަށް ދައްކަން ކުރި އަމުރު ބާތިލު ކުރުމުން ޝަހާދަތް ތަކުބީރު ގޮވާ އުފަލުން އެކޮޅުކޮޅުން ޖެހުނު މީހުން އުޅުނެވެ. އެކަމަކީ ކޯޓުން ރަނގަޅަށް ކުރިކަމަކަށްވެ ކޯޓުތައް ވަރެއް އެކަމުގައި ބަޅު ރުކަކަށްނެތެވެ.

ހުކުންކުރި މަޖިލީހުން ނުއިއްވާ އަމުރަކަށް ވެގެން ފައިސާ ދެއްކުމަށް ކުރި އަމުރު ބާތިލުވެ ދައުލަތަށް ޔާމީނު އަތުން ލިބެންޖެހޭ 52 މިލިޔަން ރުފިޔާ ނުދީ މި ވަގުތަށް ފަރުޖައްސާލާ ހިންދިރުވާލެވުނީތީ އުފާ ކުރާނެއެވެ. ނަށާނެއެވެ.  

ބުނަން ހެއްޔެވެ. ދައުލަތަށް ލިބެންޖެހޭ 52 މިލޔަން ރުފިޔާ އަދި ނުލިބުނަކަސް ދައުލަތެއް ނުހުއްޓޭނެއެވެ. 52 މިލިޔަން ރުފިޔާ ނުދައްކައެއް ވެސް ޔާމީނަށް ފަރަކު ނުޖެއްސޭނެއެވެ. އެހެނީ ހުކުމުން ސާބިތުވި 52 މިލިޔަނަކީ ދައްކަން ނުޖެހޭ އެއްޗެއް ކަމަށް ހައިކޯޓަކުން ނުނިންމައެވެ.

ކަމަކު ދާކަށް ނެތެވެ. ފައިސާ ދެއްކުމަށް ކުރި އަމުރު ބާތިލު ކުރިޔަސް ޔާމީނުގެ މައްޗަށް ސާބިތު ވެފައިވާ މަނީލޯންޑްރިންގގެ ކުށާއި ރިޝްވަތުގެ ކުށަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދެމެހައްޓައިފިއެވެ. މިނިވަން ކުރާނެ ޖާގަ ނެތިގެންނެވެ. ދިފާއުގައި ޖަމީލުމެނަށް ހެދޭނެ އެއްވެސް އެއްޗެއް ނެތް ވަރަށް ޔާމީނު ކުށްވެރި ވާތީއެވެ. 

ދަށުކޯޓުގެ ހުކުމް ދެމެހެއްޓުމުން ބަޅުރުއްކުދިން ރުއްސަން ޖަމީލު ޓްވީޓް ކުރާނެއެވެ. ނޫސްކޮންފަރެންސް ދޭނެއެވެ. ފަނޑިޔާރުންނާއި ފަނޑިޔާރުގެ ކުށްވެރިކުރާނެއެވެ. ރާއްޖޭގެ ޝަރުއީ ނިޒާމާއި ފަނޑިޔާރުނަށް ފުރައްސާރަކޮށް ފުޅަހޮއްލަމުން ޖަމީލު ނަގޫ ނަގާފައި ސްޕްރީމް ކޯޓާ ދިމާލަށް ދެން ދުވާށެވެ.

ބަޔަކަށް އޮޅިގެން އުޅުނަސް ޖަމީލު ކުރިއްސުރެ ނިޔަތް ގަނެފައިވާ ގޮތަށް ޖަމީލު އެބަ ކަންތައް ކުރެއެވެ. ޔާމީނަށް މަގުމަތީކޯޓުން ޖަމީލުވަނީ ހުކުމް އިއްވާފައެވެ. އެހުކުމާ އެއްގޮތަށް ޔާމީނު އެބަހައްޓަނީ ދިގުމަތަށް ޖަލުގައެވެ. ޔާމީނުގެ ދިފާއުގައި އެހެން މީހަކު އުޅެން ފުރުސަތު ނުދީ ޖަމީލު އަތަށް ޔާމީނުގެ ދިފާއު ކަހަލައިގެން ހުރެއެވެ. ނައިބު ރައީސްކަން ގެއްލުވާލުމުގެ ބަދަލު ހިފަން ޔާމީނަށް އުގޫބާތް ދިނުމުގައި އިސްވެ އެހުރީ ޖަމީލެވެ. 

]]>
Tue, 11 Apr 2023 18:18:08 +0500 ހީރަސްނިއުސް
ގައްސާނަށް: ޔާމީނަށް ވެރިކަމަށްވުރެ ހައްގީ ޖަލު https://heerasnews.com/1146 https://heerasnews.com/1146 ސިޔާސީ ގޮތުން ގައްސާނަކީ ބުރަދަނެއް ހުރި މީހެއް ނަމަ އެއްވާނަކަށް މީހުން ދެއްކީހީ ގައްސާނުގެ ވާހަކައެވެ. ގައްސާނަކީ އުޅޭ މީހެއްކަން ވެސް ދެނަހުރި މީހަކު ނެތެވެ. މީހުންގެ ސަމާލުކަން ހޯދަން ދޭތެރެއަކުން ޓްވީޓެއް ކޮށްލައިގެން ނޫސްތަކުގެ ސުރުހީއަށް ނަން އަރާތޯ އަތްގުޅި ނުކާވަރުގެ ވާހަކަ ގައްސާނެއް ކަމަކު ނުދައްކާށެވެ. 

ޔާމީނު ވެރިކަމަށް ނުގެނެވިގެން ދިވެހިންގެ ގިނަ ބަޔަކު ނޫޅެއެވެ. އެ އަނިޔާވެރިކަމާއި ފަސާދައާއި ވައްކަމުގެ ފަސް އަހަރަށް އެނބުރި ދާކަށް ދިވެހިންނެއް ނޫޅެއެވެ. ޔާމީނު ވެރިކަމުގައި ކުރިއްޔާ ކުރިކަމެއް ކުރީ އަދީބު ކަމަށް ބުނެ ވާހަކަ ދައްކަނީ ވެސް ބަޅުރުކު މީހުންނެވެ. ވެރިކަން ކުރިއިރު ޔާމިނުގެ ކަމަކަށް ވެފައި އޮތީ ވައްކަންކޮށްގެން އަދީބުމެން ގެނެސްދިން ފައިސާ ފައްލައުކުރި ކޮޓަރީ ދޮރުމަތީން ނުތެދުވެ ފޯރިއަށް ތާސްކުޅެން ރުބެލްއާއެކު އިނުމެވެ.

ގައްސާނު ތިޔަ ބުނާ ތަރައްގީގެ ހަރުދުވެއްޔަކީ ބުރިޖުގެ ހަލޭނުން ދެލޭނު ފެންފޮދަކާ ނުލާ ދިރުވާލެއްވި ދުވެއްޔެވެ. ދަރުމަވަންތަ ދެޓަވަރުން އެއްޓަވަރު ހެންވޭރު ދޫވެހީގައި ޖެހި ދުވެއްޔެވެ. ލީޒްކުރި ކޮންމެ ރަށަކުން މިލިޔަނުން ޑޮލަރ އަމިއްލަ އެކައުންޓަށް ކަހާލި ދުވެއްޔެވެ. މުޅި ގައުމުގައި ހުރިއްޔާ ހުރި ތަރިކައެއް އޮބިއަޅާ ފެލާލައިގެން ފައިކޭޓަށް މަހާލާ ބިޔަބޮޑެތި ލޯނުނަގާ އޭގެން ބޮޑުބައި ދިރުވާލާ އަންނަ އޮތް ޖީލުތަކަށް ވެސް ދައުލަތް ނުހިންގޭ ވަރަށް ދަރަނިވެރި ކުރުވާ ދަރަންޏާނުލާ ދިރިނުތިބެވޭ ވަރުކޮށްލި ދުވެއްޔެވެ. ކޮއްކޯފުޅުގެ ބިސްވަޅަކަށް ނަސަންދުރަ ހިބަކޮށްދިން ދުވެއްޔެވެ. 

ސްޕްރީމް ކޯޓުން ޓިނު ނަގާ ފަނޑިޔާރުން ބަނޑު ބިންމަތީ ދެންމި ދުވެއްޔެވެ. އަތުންލަވާ ކާންދީ ބާރު ހޯދާދިން ތުއްތޮންބެޔާއި ސިޔާސީ ވާދަވެރިން ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލި ދުވެއްޔެވެ. ނެތް ކުއްލި ހާލަތު އުފަން ކުރުވައިގެން ރައްޔިތުންނަށް ގޮއްމުށް ހިންގި ދުވެއްޔެވެ. ނޫސްވެރިކަމާއި ނޫސްވެރިން ބަންދުކޮށް މިލިޔަނުން ޖުރުމަނާ ކުރި ދުވެއްޔެވެ. ޑްރަގާއި މާރަމާރީއާއި އެކު ގޭންގްތައް ބާރުވެރިކުރުވި ދުވެއްޔެވެ. ބެގް ބޮރޯ ސްޓީލް ގެ ދުވެއްޔެވެ. 

ގިނަ ރައްޔިތުން އެދެނީ ޔާމީނު އަނބުރާ ވެރިކަމަށް އައުމަކަށް ނޫނެވެ. ރައްޔިތުން އެދެނީ ދައުލަތުން ޔާމީނު ދަވާލިހާ ފައިސާ އަނބުރާ ދައުލަތަށް ދައްކާށެވެ. ރައްޔިތުން އެދެނީ ހައްގަކާނުލާ މީހުނަށް ދިން އަނިޔާގެ ހައްގު އަދަބު ޔާމީނަށް ލިބޭށެވެ. ރައްޔިތުން ބުނަނީ ޔާމީނާއި އޭނާގެ އައުވާނުން ވެރިކަމާ ގާތް ނުކުރާށެވެ. 

ރިޔާސީ ދާންކޮޅުގެ މައްޗަށް އުފަންކޮށް ރަން އިލޮށިން ކަދުރުކާންދީ ބަލާ ބޮޑު ކުރި އުފަން ބައްޕާފުޅު އަބަ ހައްދުވީ ދުވަހު ހައްގަކާ ނުލާ ހުރަގޭ ތޭރިތަކުގެ ބިއްދޮށަށް ވައްޓާލާފައި އޮތް އިރު ހިތްނެތް ހިމާރެއް ފަދަ ދަރިއަކަށް އެހެން މީހުންގެ ހާލަތެއް އެ މީހުން އެދޭގޮތެއް ނޭގޭނެއެވެ. 

]]>
Sat, 18 Mar 2023 11:25:16 +0500 ހީރަސް
ބައިހަދާފައި ގޮސް ވެއްދި މައްސަލަ އެދިޔައީ ޗޮކުން https://heerasnews.com/1114 https://heerasnews.com/1114 ގާނޫނީ ވަކީލުކަމުގެ ލައިސަންސް ހޯދައިގެން މަވެތިވެ މަސްހޫރުވާން ގައިވީދާ މީހުން އެބައުޅެއެވެ. ތިމާމެނަށް ލިބިފައި އޮތްވަކީލު ކަމުގެ ސަނަދަކީ ސައްހަ ގޮތުގައި ހޯދާފައި އޮތް އެއްޗެއް ކަމާމެދު ސުވާލު އުފެދޭވަރުގެ ގަޅި ކަންކަމެއް ހަމަޖެހޭ މީހަކު ނުކުރާނެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ސާލިހު ހުންނެވުވުމުން އިރިއިރި ލަވައިގެން ހެދޭ ނުހެދޭ ނޭނގެއެވެ. ސާފު ދިވެހި ބަހުން ލިޔެފައި އޮތް ގާނޫނއަސާސީގައި ބުނާއެއްޗެއް ނޭނގޭ ގަމާރުން ގާނޫނީ ވާހަކަ ނުދައްކަން ވެއްޖެ ނޫން ހެއްޔެވެ. ނޫނީ ވިއްޔާ ގާނޫނު އަސާސީގެ 123 ވަނަ މާއްދާއާއި 126 ވަނަ މާއްދާ ބަޅުރުކުން ގެންގުޅޭ ގާނޫނު އަސާސީގައި ނެތީ ތޯއްޗެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރު ސައްހަ މަގުން ގާނޫނު އަސާސީއާއި އެއްގޮތަށް ނިންމާފައި އޮތް ކަމެއް އެކޮޅުކޮޅުން ޖަހަން ސްޕްރީމް ކޯޓަށް ދާނީ މޮޔައިންނެވެ. އެކަން މިއަދު އެނގިގެން އެ ދިޔައީއެވެ. ބައިހަދާފައި ގޮސް ސްޕްރީމްކޯޓަށް ވެއްދި މައްސަލަ އެދިޔައީ ޗޮކުންނެވެ. ބަލައިގަންނަން ވެސް ކަމުނުދިޔައެވެ.

ބަޅުރުކުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައިރޮއިޑްގެ ސާޖަރީއެއް ހެއްދެވުމަށްޓަކާ އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލު ކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ނަސީމް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެއެވެ.

ކިތަންމެ ފަހަރަކު އަނބުރަ އަނބުރާފައި ސްޕްރީމް ކޯޓަށް އެ މައްސަލަ ވެއްދިޔަސް މައްސަލަ ބަލައިގަންނާނީ ފުލެއް ބިތެއް އޮތް ކަމެއް ނަމަތާއެވެ. ރައީސް ސާލިހުގެ ރައީސް ކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ރާއްޖޭގެ ގާނޫނީ އެއްވެސް މުއައްސަސާއަކަށް ސުވާލެއް ނުއުފެދެއެވެ. އުފައްދާނެ ޖާގައެއްވެސް ނެތެވެ. ބަޅުރުކު ލޯޔަރުން ކުރެ ބަޔަކު ޕާޓީ ތެރޭގައި މަސްހޫރުކަން ހޯދަން ދުވާލު ދެދަޅައަށް ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލަ އެބަ ވައްދައެވެ. ހަރުތާކު ޖެހޭ ގޮތަކަށް އޮތް މައްސަލައެއް ނަމަ އެކަމާ ނޫޅެ ޑރ. ޖަމީލުމެން ލޮލުފިޔަ ނުޖެހީހެވެ. ޖަމީލުމެން އެކަމާ ނޫޅެ އެ ތިބެނީ ސުވާލު އުފައްދާނެ ހަނި ފުރުސަތެއް ވެސް ނެތިގެންނެވެ. ނުނީ އެކަން ކޮށްގެން ފައިސާ ގަޑެއް ލިބެން ނެތިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާ ކުރުމަށް ވަގުތީ ގޮތުން އުޒުރުވާ ހާލަތުގައި ކަން ކުރާނެ ގޮތް ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި އެ އޮތީއެވެ. އެފަދަ ހާލަތެއް 25 ފެބްރުއަރީ 2022ގައި ރައީސް ސާލިހަށް ކުރިމަތިވެ ވަޑައިގަތުމުން ކަން ކުރެއްވީ އެ މާއްދާގައި ބުނާ ގޮތަށެވެ. ކުރިމަތިވެ ވަޑައިގެން ހާލަތުން އަރައިގަތުމުން އަނބުރާ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ވެސް އެ މާއްދާ ބުނާ ގޮތަށެވެ. އެއްޔަކީ ސްނިލް ޝެޓީ ހެދިގެން އަސްއަދުމެން ފިލްމު ކުޅުނު ފާޑަށް ކުރާ ކަމެއް ނޫނެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރި ވެއްޖެ ކަމަށް ގަބޫލު ކުރެއްވުނު ހިނދު ސަބަބު ބަޔާން ކުރައްވާ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލު ކުރެއްވިއެވެ. އެހާލަތުން އަރައިގަނެވުމުން ރައީސް ސާލިހު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އަލުން ހަވާލުވެ ވަޑައިގަތީ ގާނޫނު އަސާސީ ބުނާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހުގައެވެ. އަލުން މަގާމުގެ ހުވާ ކުރަން ޖެހޭނަމަ އެކަންވެސް ކުރެއްވީހެވެ. 

ރައީސް ސާލިހު އެ ހުންނެވީ 17 ނޮވެންބަރ 2018 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރިފުޅުމަތީގައި އުއްތަމަފަނޑިޔާރު ލައިދެއްވި ގާނޫނީ ހުވާކުރައްވައިގެންނެވެ. އެ ހުވާގެ މުއްދަތު ހަމަވާނީ  2023 ގެ ނޮވެންބަރ މަހުގެ 11 އަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރުގެ ތެރޭގައި ރައީސް ކަމުގެ މަގާމު ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ބުނެފައި އެބައޮތެވެ. މަރުވުމާއި އިސްތިއުފާ ދިނުމާއި އަޒުލް (އިންޕީޗް) ކުރުމެވެ. އެހާލަތު މެދުވެރިގެން މީހަކު ނޫޅެއެވެ. 

]]>
Tue, 07 Mar 2023 17:09:40 +0500 ހީރަސް
ގާޒީ ޝަކީލުގެ ހުކުމަކަށް ޖަލުގައި އޮތީ ޔާމީން އެކަނި! https://heerasnews.com/1107 https://heerasnews.com/1107 ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލް ފައިސަލާ ކުރައްވާފައި ވަނީ ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ހުށަހެޅުނު ވ. އާރަށު މައްސަލަ އެކަންޏެއް ނޫނެވެ. ހައިކޯޓަށް ފަނޑިޔާރުން ބޭނުން ވެގެން އިއުލާނު ކުރުމުން އެކަމަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް އެ ގަމާށް އެދުމުގެ ހައްގުލިބިގެންވެއެވެ. އެއީ ގާނޫނު އަސާސީން ލިބިދޭ ހައްގެކެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލް އެހައްގުން މަހުރޫމު ކުރުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ނުއޮންނާނެއެވެ. 

މަގާމަށް އެދި ކުރިމަތިލީ މީހުންގެ ތެރެއިން ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އެންމެ އެކަށީގެންވާ މީހަކަށް ވަޒީފާ ހަމަޖެއްސުމަކީ އެކަން ކުރާގޮތެވެ. ވަކި މީހެއްގެ މައްސަލައެއް ބެލި މީހަކަށް ވިޔަތީ މީހަކަށް ލިބެންޖެހޭ ހައްގަކުން މަހުރޫމެއް ނުކުރެވޭނެއެވެ. ގާޒީ ޝަކީލް ހައިކޯޓް ފަނޑިޔާރަކަށް ބަދަލު ކުރުމަކީ ނެތް މަގާމެއް އުފައްދައިގެން ދިން ހަދިޔާއެއް ނޫނެވެ. 

ކުށުގެ ބޮޑެތި އެތައް މައްސަލައެއް ގާޒީ ޝަކީލު ވަނީ ބައްލަވާ ފައިސަލާ ކުރައްވާފައެވެ. ޝަކީލު ދަށު ކޯޓުގައި ނިންމެވި މައްސަލަ ތަކުން އިސްތުއުނާފް ކުރެވުނު މަދު މައްސަލައެއްގައި ނޫނީ ޝަކީލު ކުރައްވާފައިވާ ހުކުމަށް މަތީ ކޯޓް ތަކުން ވަނީ ތާއީދުކޮށްފައެވެ. އެ ކަމުން ވެސް އެނގިގެން ދަނީ ގާޒީ ޝަކީލުގެ އިންސާފް ވެރިކަމެވެ. ފަނޑިޔާރު ކަމަށް ތަސައްރަފް ފުދޭ މިންވަރެވެ. އެ ފަދަ ބޭފުޅަކު ހައިކޯޓްގެ ބެންޗަށް ކުރިމަތި ލައްވާފައި ވަނިކޮށް އެ ބޭފުޅަކު ނުނަގާ ނަގަން އޮންނާނީ ކާކު ހެއްޔެވެ.

ފަނޑިޔާރުގެއަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުންގެ ކުރިމަތީގައި ވަކި މީހަކީ ތަފާތު މީހެއް ނޫނެވެ. މަސްވެރިޔަކަސް ދަނޑުވެރިޔަކަސް ރައީސްކަން ކޮށްފައި ހުރި މީހަކަސް ފަޑިޔާރުންގެ ކުރިމަތީގައި ހަސްމުން ވަނީ ހަސްމުންނަށެވެ. ކުރީގެ ރައީސް ޔާމީނު ވެގެން މައުމޫނު ވެގެން ހާއްސަ އިމްތިޔާޒެއް ޝަރީއަތުގައި ނުއޮންނާނެއެވެ. ހުށަހެޅުނު މައްސަލަ ނިމުމުން އެކަން އެ އޮތީ ނިމިފައެވެ. ވަކި މައްސަލައެއް ބެލި ފަނޑިޔާރަކަށް ވިތީ ވަކި މަގާމެއް ނުދެވޭނެ ހަމައެއް ދުނިޔޭގެ ތާކުނުވެއެވެ. 

ރާއްޖޭގައި ޝަރީއަތް ކުރާނެ ފަނޑިޔާރުންނާއި ޝަރީއަތް ކުރާނެ ގޮތާއި ފަނޑިޔާރުން އިސްކުރުމާއި ވަކިކުރުމަކީ ޕީޕީއެމްއަށް އޮތް ކަމަކީ ހެއްޔެވެ. ކުރީގެ ރައީސް ޔާމީނަކީ ޕީޕީއެމަށް ވަގަކަށް ނުވެދާނެއެވެ. ޔާމީނު ރައީސް ކަމުގައި ހުރެ ރިޝްވަތު ހިފިކަމާއި މަނީލޯންޑަރ ކުރިކަން އެއޮތީ ޝަރީއަތަށް ސާބިތުވެފައެވެ. ކިތަންމެ ބާރަށް ހުކުމް ހަރާމޭ ގޮވަމުން ނެގިނެގިފައި ޖެހުނަސް ވަގުކަލޭގެ އެއޮތީ ޖަލުގައެވެ. މޮޅިއްޔާ އިސްތިއުނާފް ކޮށްގެން ނެރެލަބަލާށެވެ. ޔާމީނަށް ހުކުމް ކުރި ގާޒީއާއި ވިއްދާލައިގެން ޝަރީއަތަށް ނުފޫޒު ފޯރުވަން ޒާތްޒާތަށް ބިރުދައްކަން ނޫޅޭށެވެ.

އަޖައިބެކެވެ. ގާޒީ ޝަކީލު ކުރެއްވި ހުކުމަކަށް ޖަލު ހުކުން ތަންފީޒު ކުރެވެނީ ޔާމީން އެކަންޏަކަށް ނޫނެވެ. ގާޒީ ޝަކީލު ހުކުން ކުރައްވައިގެން ޖަލު ހުކުން ތަންފީޒުކުރާ އެތައް ބަޔަކު އެބަތިއްބެވެ. އެހެން ނޫނަސް ހެންވޭރު ދޫވެހި އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަކާ ޕީޕީއެމަކާ ކީކީހެއްޔެވެ. ޔާމީނު ޖަލުގައި އެއޮތީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވެގެނެއް ނޫނެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގ ގެ ކުށްވެރިއަކަށް ވެގެންނެވެ.

]]>
Mon, 06 Mar 2023 13:49:24 +0500 ހީރަސް
އެމްއެމްޕީއާރުސީ ހިޔާނާތުން ބަލަނީ ޔާމީނު މައްސަލަ އެކަނިތަ! https://heerasnews.com/1071 https://heerasnews.com/1071 ޔާމީނާ ބައިވެރިވެގެން ދައުލަށް ދަވާލަން އުޅުނު މީހުން ވެސް ދޭތެރެ ދޭތެރެއިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ނުބެލޭ ވާހަކަ ދައްކައެވެ. ކުރިން އެ ވާހަކަ ދެއްކި މީހުންނަށް ވުރެ މާބާރަށް މާގިނައިން ރީތި ވާހަކަ އަކަށް ވެގެން ދައްކަނީ ޔާމީނުގެ އައުވާނުންނެވެ. ޔާމީނުގެ އިގްތިސާދީ ވަޒީރަކަށް ހުރި ތުރާކުނު ސައީދެވެ. ފައިނު އާދަނުގެ ހަޔާތެއްވެސް މިކަމުގައި ވަކި ކުޑައެއް ނޫނެވެ. ނައިފަރު ޝިޔާމާއި އަދުރޭގެ އަޑެއް ވަކިމަޑެއް ނޫނެވެ. ނަސީބަކުން ޝިއުނީމެން ލިބުނު މޮޅައިގެން ހަނުތިބޭކަން ރަނގަޅެވެ.

ރައީސް ސާލިހުގެ ނާގާބިލުކަން ދެއްކެވުމަށް އެމްޑީޕީގެ ރައީސް ނަޝީދު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ދައްކަވާލެއް ފުކެއްވެސް މަދެއް ނޫނެވެ. އަބްދުﷲ ގާޒީ ރަހީނުކުރި މައްސަލާގައި އިއްވާފައި ހުކުމުން ބޯދަންމަވައި ގަތުމަށް ރައީސް ޔާމީނާ އެކު ޑީލް ހައްދަވައިގެން ރިޝްވަތު ހޯއްދަވާ ދެއްވައިގެން އެމްޑީޕީގެ ނަން ހަރާބު ކުރުމުގައި އިސްވެ ހުންނެވީ އެމްޑީޕީގެ ރައީސް ނަޝީދެވެ.

ބައެއް މީހުންގެ ނަޒަރުގައި ރައީސް ސާލިހަށް ވެރިކަމުގައި އޮތްހާވެސް ކަމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމެވެ. ހެކި ނައްތާލުމާ ހެކިފޮރުވުމާ މައުލޫމާތު ނުދިނުމާ ދެނަހުރި ކަމަށް ނުހެދުމުގައި ވަކި މީހެއްނެތެވެ. އެމްއެމްޕީއާރުސީ މައްސަލައަކީ ކޮޅެއް މެދެއް ނެތް އޮޅުބޮޅުން ބޮޑު ކަމެކެވެ. އެމެރިކާގެ ވޯޓަރގޭޓް މައްސަލައަށް ވުރެން ވަކީން ސަހަލު ކަމެއް ނޫނެވެ.

ރައީސް ސާލިހު ވެރިކަމުގެ ފުރަތަމަ ދުވަހު ރިކަވަރީ ކަމިޝަން ހައްދަވާ އެ ހޯދުންތައް ހޯއްދަވަން ފެއްޓެވިއެވެ. ކަމުގެ ބޮޑުކަމާއި ބައިވެރިންގެ ގިނަކަމާއި ރޭވުންތަކުގެ ވަގުކަމަށް ބަލާއިރު ނަތީޖާ ހާސިލުކުރެވިފައިވާ މިންވަރެއް ވަކި ކުޑައެއް ނޫނެވެ. ދުނިޔެ އޮތްހާ ދުވަހު ބެއްޔަސް ބަލާ ވަރަށް އެމްއެމްޕީއާރުސީގެ ހިޔާނާތް ބޮޑުވެފައި ފުނެވެ.  

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ބަލަނީ ޔާމީނުގެ މައްސަލަތައް އެކަންޏެއް ނޫނެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވެއެވެ. 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށް އެބަ ދެއެވެ. އަނެއްކޮޅުން އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 53 މައްސަލަ އޭސީސީ އިން މިހާރުވެސް ތަހުގީގު ކުރަމުން އެބަގެންދެއެވެ. ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމުގައި 11 ފަރާތަކަށް މަދަނީ ދައުވާ ކުރުމާ ގުޅޭ ކަންކަން ކުރިއަށް ދެއެވެ. އެހެނެއް ކަމަކު ތަހުގީގަށް ސާބިތުވެ ޝަރީއަތަށް ސާބިތުވިޔަސް ކުރާ ހުކުން ވަނީ ހަރާމެވެ.  

މައްސަލައިގެ ހައްސާސްކަން އެގެނީ އިއްޔެ ހަރުއަޑުން ވަގަށް ގޮވަން ނިކުމެ ރޭނިދި ނުނިދިގެން އުޅުނު ޖަމީލުމެން ނިކުމެ އެ ތިބީ ބޮޑުވަގުގެ ދިފާއުގައެވެ. އެއޮތް ތަނުން ފަޅަކާ މިއޮތް ތަނުން ގިރިއެއް ނަހަމަ ގޮތުގައި ވިއްކައިގެން މާތްކަލާކޯއޭ ވިދާޅުވެ އިންސާފާ ކުރިމަތިލާން ޔާމީނަށް ގޮވާލައްވަމުން ގެންދެވި ރައީސް ނަޝީދު ވެސް ޔާމީނުގެ ޝަރީއަތް ހިންގާތީ އެ ހުންނަވަނީ މޭނުބައިކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން އެންމެ ރަނގަޅަށް އެނގި ވަޑައިގަންނަވާ ބޭފުޅަކީ ރައީސް ނަޝީދު ކަމަށް ވިދާޅުވެފައި ވަނީ ވެސް މަދެއްކޮށް ނޫނެވެ. އަދީބުގެ ލެޕްޓޮޕާއި ފޯނުކޯލް ރެކޯޑިންތަކާއި ބަދަލުކުރެވިފައިވާ މެސެޖްތައްވެސް އޮންނަނީ ރައީސް ނަޝީދު އަތްޕުޅުގައެވެ. ރައީސް ނަޝީދު ވަގެކޭ ވިދާޅުވާ ކޮންމެ މީހަކީ ވަގެކެވެ.

ހުރިހާ މައުލޫމާތެއް ހުރެމެވެ ލިބި ހުންނެވި ހުރިހާ މައުލޫމާތެއް ރައީސް ނަޝީދު ބޭނުންފުޅު ކުރައްވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. އެވަގުތަކު އަބުރު ކަތިލައްވާ ލައްވަން ބޭނުންފުޅުވާ މީހުންގެ އަބުރު ކަތިލާ ލެއްވުމަށެވެ. ބައެއްގެ ތެރޭގައި މިހާވަރަށް ފަސާދަ އުފެދި އެންމެން އެންމެނަށް ވަގަށް ގޮވާތަނެއްގައި އިންސާފު ނުލިބިގެން އެންމެ ބާރަށް ވާހަކަ ދައްކަނީ ވެސް އެހާމެ ބޮޑެތި ވަގުންނެވެ.

]]>
Wed, 22 Feb 2023 22:02:48 +0500 ހީރަސް
ދިޔާނާ ލައްވާ ހާމިދު އަންނި ބަރަހަނާ ކުރުވަނީ https://heerasnews.com/1048 https://heerasnews.com/1048 އެމްޑީޕީ ރިޔާސީ ޕްރައިމަރީ ސައްހަނޫން ކަމަށް ބުނެ ކޯޓަށް ދިޔުމަކީ ބަޔަކު އިތުރަށް ފަލީހަތްވުމެވެ. ބަރަހަނާ ވުމެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ރިޔާސީ ޓިކެޓް ހޯދަން ރައީސް ނަޝީދު ގައިވީދާތީ ދެރަވެއެވެ. ރައިސް ނަޝީދު ވެރިކަމަށް ފެންބޮވާފައި ހުރިވަރު ހާމަވުން ނޫން ކަމެއްް އެކަމަކުން ނުވެއެވެ.  

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަނޫން ކަމަށް ބުނެ ކޯޓަށް ދާން އެންމެ ރަނގަޅު މީހަކީ ހަމަ ހާމިދު އަބްދުލްގަފޫރެވެ. އެމްޑީޕީ އެތެރޭގެ އިންތިހާބުތައް އެންމެ ބޮޑަށް އޮޅުވާލާ ގަޑުބަޑުކުރި މީހަކީ ހާމިދެވެ. ޕްރައިމަރީ ގަޑުބަޑު ކުުރާނެ ގޮތް ހާމިދަށް އެނގޭނެއެވެ. އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލުކަމުގައި ހުރެ 2008 ގެ ރިޔާސީ ޕްރައިމަރީގައި ވޯޓުއޮޅުވާލި ގޮތް ރަނގަޅަށް ހަނދާން ހުންނާނެއެވެ. އޭރުގެ ޕާޓީ ރައީސް ޑރ. މުނައްވަރުގެ މައްޗަށް ރައީސް ނަޝީދަށް ކުރި ހޯދާދިން ގޮތަށް އެހެން މީހުން ވެސް ކަންތައް ކުރާނެއޭ ހީވާނެ ތާއެވެ. ޕާޓީގެ ދަފުތަރުން މުނައްވަރުގެ ސަޕޯޓަރުން ކަނޑާ ބޭރުކޮށް އިންތިހާބު ފެލާލިހެން އެންމެނަކު ކަންތަކެއް ނުކުރާނެއެވެ.

39000 މީހުނަށް ވޯޓު ދިނުމުގެ ހައްގު ގެއްލުވާލި ކަމަށް ބުނާއިރު އެބުނާ ބަޔަކު ތިއްބާ އެންމެ ފަހުން ނެގި ވޯޓުތަކުގައި ފިކުރުގެ ދިރުމުގެ ކަލްޓް ބޮޑު ބައްޔަކުން ބަލިވިކަން ދިޔާނާއަށް ނޭގިދާނެއެވެ. އެންމެ ފަހުން އޮތް ދާއިރާ އިންތިހާބުގައި އެބުނާ 39000 މީހުން ދަފްތަރުގައި އޮތެވެ. އެ އިންތިހާބުގައިވެސް ރައީސް ނަޝީދު ތާއީދުކުރި 80 ޕަސެންޓް މީހުން ވީ ބައްޔެވެ. ދެން އޮތް ޗެއަރޕާސަން އިންތިހާބުގައި އެކިޔާ 39000 މީހުން ތިއްބާ ރައީސް ނަޝީދާއި ޕާޓީގެ ލީޑަރޝިޕް އެއްކޮށް އިމްތިޔާޒް ފަހުމީއަށް ތާއީދުކޮށްގެން ހެސްކިޔާފައި ކުރި މަސައްކަތުން ރައީސް ނަޝީދުގެ ކޮޅުވީ ބައްޔެވެ. އެއްކަލަ 39000 މީހުން އޭރުވެސް ދަފުތަރުގައި އޮތެވެ.

ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގެ ދުވަސްވަރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ބާރަށް ދެއްކެވީ އެހެން ޕާޓީތަކުން މީހުން ވަދެ އެމްޑީޕީ ޕްރައިމަރީތައް ގަޑުބަޑުކުރާ ވާހަކައެވެ. ޕީޕީއެމުން އެއިންތިހާބާ ދިމާކޮށް އެތައް ހާސްބަޔަކު ޕްރައިމަރީ ވަކި މީހަކަށް ހޯދާދިނުމަށް އެމްޑީޕީއަށް ވަދެ ވޯޓުދޭކަމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވިއެވެ.

އިލެކްޝަންސްގެ ދަފުތަރުގައި އެހެން ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީީހުންނަކީ އެމްޑީޕީ މެންބަރުންނަކަށް ނުވާނެއެވެ. އެހެން ޕާޓީތަކުން އެމްޑީޕީއަށް ހިޖުރަކުރި މީހުން ނަމަ އެމީހުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އިލެކްޝަންގައި ރަޖީސްޓްރީ ކުރުވާ ދަފްތަރު ސައްހަކުރުމަކީ އެމްޑީޕީގެ ސެކެރެޓެރިއޭޓްގެ މަސްއޫލިއްޔަތެކެވެ. އެތައް އަހަރެއް ވަންދެން ޕާޓީގެ ރައީސް ކަމުގައި ނަޝީދު ހުންނަވާ، ނައިބު ރައީސް ކަމުގައި ޝިފާޒް (ސިއްޕެ) ހުންނަވާ، ޗެއަރޕާސަން ކަމުގައި ހަސަން ލަތީފް ހުންނަވާ، ރަޖިސްޓްރާ ކަމުގައި ޝާހިދު (ސާބެ) ހުންނަވާ، ސްޕޯކްސް ޕާސަންއަކަށް އިމްތިޔާޒް ފަހުމީ ހުންނަވައިގެން ދަފްތަރު ސައްހަ ނުކުރައްވާ 39000 މީހުން އުނިކުރިއްޔޭ ނުކިޔާށެވެ.

އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި އޮންނަ މީހުނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުގައި ވޯޓުނުލެވިގެން ކޯޓަށް ދިޔުމަކީ ލޮނު ހަކުރަށް ހަދަން އުޅުން ކަހަލަ ކަމެކެވެ. ޔާމީނުގެ ފާހަގަ ވެއްޓުމެކޭ މިކަމެކޭ ތަފާތެއް ނެތެވެ. ވެރިކަމައިގެން ބޫތު ކައިފާ ތިއްބަސް ބޮޑުވަރެވެ. ހަމަތެދެކެވެ. އެމްޑީޕީގެ ގިނަ މެންބަރުންނާއި ދިވެހި ގިނަ ރައްޔިތުން މިހާރު ތިބީ ރައީސް ނަޝީދަށް ވެރިކަން ދޭގޮތަކަށް ނޫނެވެ.

އެމްޑީޕީގެ އިދާރީ ލީޑަރޝިޕް ބަދަލުވެ ޒަމާނުއްސުރެ އޮޅުން ބޮޅުން ބޮޑު ޕާޓީގެ ދަފްތަރު ގާނޫނީ ހަމަތަކުގެ މަތިން ގައުމީ މަޖިލީގުގެ ނިންމުމާ އެއްގޮތަށް އިސްލާހު ކުރުން ގޯސްވެގެން ހާމިދު ކޯޓަށް މިދިޔައީ ބޮޑު ބަރަހަނާ އަކުން ބަރަހަނާ ވާށެވެ.

]]>
Thu, 16 Feb 2023 09:55:04 +0500 ހީރަސް
ޔާމީނަކީ ޝަރުއީ ނިޒާމަށް ޖެހުނު ކެންސަރެއް https://heerasnews.com/979 https://heerasnews.com/979 އިއްތިފާގުގެ ވާހަކަ ދައްކަން އެނގޭނީ ޑރ. ޖަމީލަށެވެ. ޖަމީލަކީ ހުރިގޮތަށް ހުރި އިއްތިފާގެވެ. ރައީސް ޔާމީނަށް އެންމެ ބާރަށް އެންމެ ގިނައިން ވަގަށް ގޮވާ ރައީސް ޔާމީނަކީ ވަގެއް ނޫންކަމަށް ހަދަން އުޅުމަށް ވުރެ ވަކީން ބޮޑު އިއްތިފާގެއް ނެތެވެ. އާނއެކެވެ. ރައީސް ޔާމިނުގެ ޝަރީއަތް ތަކަކީ ރާއްޖޭގެ ޝަރުއީ ނިޒާމްގައި ޖެހުނު ލައްގަޑެއް އެކަންޏެއް ނޫނެވެ. ޝަރުއީ ނިޒާމަށް ޖެހުނު ކެންސަރެކެވެ.

ރައީސް ޔާމީނާ ދެކޮޅަށް ނިޔާއެއް ކަނޑައަޅައިފި ފަނޑިޔާރަކީ ހައްގުވާ މަގާމުގެ ކުރިއެރުމެއްވެސް ލިބިގެން ވާންވާނެ މީހެއް ކަމަށް ނުވެއެވެ. ރައީސް ޔާމީނަށް ކުށެއް ސާބިތުވާ ކަމަށް ނިޔާ ކަނޑައަޅާ ކޮންމެ ފަނޑިޔާރަކީ މުޖރިމަކަށް ހަދައެވެ. ކަނޑައަޅާ ނިޔާއަކީ ހަރާން ހުކުމަކަށް ހަދައެވެ. ރައީސް ޔާމީނަށް ކުރާ ކޮންމެ ދައުވާއަކީ ސިޔާސީ ދައުވާއަކަށް ވެއެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުރެ ދައުލަތް ދަވާލައިގެން ނިކުމެ ހުއްޓަސް ވަރިހަމަތާއެވެ. ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް ﷲ ގަންދީ ހުވާކޮށްގެން ހުއްޓަސް ހެޔޮތާއެވެ. ސަރުކާރުން ލީސްކުރި ކޮންމެ ރަށެއް ލީސްކުރި ކޮންމެ ބައެއްގެ އަތުން މިލިޔަން ޑޮލަރު ރައީސް ޔާމީނުގެ އަމިއްލަ އެކައުންޓަށް ޖަމާވެފައި ހުއްޓަސް ހެޔޮތާއެވެ.  

މަނީލޯންޑަރިންގއާއި ހިޔާނާތާއި ރިޝްވަތުގެ ކުށްތަކަށް ތުހުމަތު ކުރެވި ތަހުގީގު ކުރެވި ދައުވާ ކުރަން ފެށުމުން ރެއެއްގެ ރޭވެފައި އަލިވިލުނު އިރު ކުއްލިޔަކަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ރައީސް ޔާމީނު ވެއްޖެއެވެ. ކުރިހާ ވައްކަމުގައި ބައިވެރިކޮށްގެން ގެންގުޅުނު މީހުން ފާސިގުންނަށްވެ ހެކިބަސް ޝަރީއަތަށް ގަބޫލު ކުރުމަކީ ބޭއިންސާފަށް ވެއްޖެއެވެ. ދިފާއީ ހެކިވެރިން ދިންހާ ދޮގު ހެއްކަކީ ހައްގު ތެދަށް ހަދަން ވެއްޖެއެވެ. އަންނަ މަރޗް މަހު ރައީސް ޔާމިނު މިނިވަންވެ ހުދު ބޯކިރު ކޮޅަކަށް އެބަ ވެޔޯލައެވެ. އެމްއެމްޕީއާރުސީ މައްސަލައަކި އުފެދުމުގައި ވެސް ބާތިލު މައްސަލައަކަށްވެ ޑރ. ޖަމީލު ކުރިން ކީހާޅެން ފަރިއްސަށްވެ ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތަކީ ރައީސް ޔާމީނާ ހަމަވުމުން ހުއްދަ ހަލާލު އެއްޗަކަށްވެ ނިމުމަކީ ޑރ. ޖަމީލުމެންގެ އިންސާފެވެ.

]]>
Tue, 31 Jan 2023 21:20:44 +0500 ހީރަސް
ކޮންމެ ރަށަކުން މިލޔަން ޑޮލަރު ޔާމީނަށް: ހުކުމް ހަރާން https://heerasnews.com/875 https://heerasnews.com/875 ރައީސް ޔާމީނު ކުރެއްވީމާ ވައްކަމަކީ ވައްކަމެއް ނޫނެވެ. ޔާމީނު ހިއްޕެވީމާ ރިޝްވަތަކީ ރިޝްވަތެއް ނޫނެވެ. ޔާމީނު ހެއްދެވީމާ ދޮގަކީ ދޮގެއް ނޫނެވެ. ޔާމީނު ކުރެއްވީމާ އަނިޔާއަކީ އަނިޔާއެއް ނޫނެވެ. ތިމަ ތިމާމެން ގެ ލޮލުކުރިމަތީ ހަމަޔަށް ފެނިގެން ދިޔަ ވައްކަމާއި ހިޔާނާތާއި އަނިޔާ އަދި ހިތުން ފިލައިގެން ދާހާ ދުވަހެއް ގައިމު ނުވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ހިންގާފާ އޮތް ބޮޑު ހިޔާނާތެއް ކަމަށް އެއްބަސް ނުވާ މީހަކު ނެތެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގާފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. ބޮޑު ހިޔަނާތުގައި އެންމެ އިސްކޮށް އުޅުއްވި ކަމަށް ގިނަބަޔަކު އިއްތިފާގުވާ އެއް ބޭފުޅަކީ ރައީސް ޔާމީނުގެ ޓޫރިޒަމް މިނިސްޓަރ އަދި ފަހުން ރައީސް ޔާމީނުގެ ނައިބު ރައީސް ކަންކުރެއްވި އަހުމަދު އަދީބެވެ. ދެން ހުންނެވީ އެމްއެމްޕީއަރުސީގެ އިސްވެރިޔާކަމަށް ރައީސް ޔާމީނު އައްޔަނު ކުރައްވާފައި ހުންނެވި ޒިޔަތެވެ. އެހެނެއް ކަމަކު ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ނަޒަރުގައި އެ ބޮޑު ހިޔާނާތާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތެވެ. އެމީހުން ދެކޭ ގޮތުގައި އެކަން ކުރީ އަދީބާއި ޒިޔަތެވެ. އަނެއް ކޮޅުން އޭރުގެ އިދިކޮޅު ޕާޓީގެ މަޖިލިސް މެންބަރުން އެ ހިޔާނަތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި ނެގިކަމަށް ރައީސް ޔާމީނުގެ އައުވާނުން ގަބޫލުކުރެއެވެ.

މަޖިލިސް މެންބަރުންނަށް ރިޝްވަތުދިނީ ޔާމީނުގެ ނައިބު ރައީސަކަމަށް އުމުރު ހަމަނުވާ އަދީބު ގެންނަން ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. ސްޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުންގެ ތެރޭގައި ތިއްބެވި ބޯހަރު ދެ ފަނޑިޔާރުން ކޯޓުން ނެރުމަށް ބެންޗް ހަތަކުން ފަހަކަށް ތިރިކޮށްލުމަށެވެ. ބޭރުމީހުނަށް ބިންގަނެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ. މިހާ ބޮޑެތި ކަންތައްތައް ހިނގާ ނިމިދާއިރު ރައީސް ޔާމީނަށް ދޮންކަޅުވެސް އެނގި ވަޑައި ގަންނަވާނެ ކަމަކަށް ޔާމީނުގެ ސަޕޯޓަރުން ނުދެކެއެވެ. މަޖިލީހުން ފާސްކުރާ ގާނޫނުތައް ތަންފީޒުކުރުމުގެ ބާރު އޮތީކީ ވެސް ރައީސް ޔާމީނު ނޫން ދެވަނަ މީހެއްގެ އަތަކު ނޫނެވެ. އެކަމަކު ވެސް ރައީސް ޔާމީނަށް އެއިން އެއްވެސް ކަމެއް އެނގިވަޑައި ގަންނަވާނެ ކަމަކަށް ނުވެއެވެ.

އަބަދުވެސް އެ ފައިސާ މި ފައިސާއޭ ވިދާޅުވާ ރައީސް ޔާމިނުގެ އަމިއްލަފުޅު ފައިސައާއި ކެންޕެއިން ފައިސާއާއި އެމްއެމްޕީއާރުސީ ފައިސާ ހުންނަނީ އެއްގުޅިއަށް އަޅާ ބަދެވި އަދީބު އަތްޕުޅުގައެވެ. އެންމެ ބޮޑު އިއްތިފާގަކީ ރައީސް ޔާމީނަށް ތުހުމަތު ކުރެވި ތަހުގީގުކޮށް ޝަރީއަތް ކުރެވޭ ކޮންމެ ރަށެއްގެ ޑީލުގެ ތެރޭގައި ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް އެއްމިލިޔަން ޑޮލަރ ވަދެގެން ގޮސްފައި ހުރިކަމެވެ. ވޮޑަމުއްލާއާއި އާރަށާއި ފުށްގިރި ޑީލާއެކު އެރަށްރަށް ލީޒްކުރި ފަރާތްތަކުން ރަށުގެ އަގުދާއެކު ކޮންމެ ވެސް ސިފައެއްގައި ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކުރެވިފައި އޮންނަ އޮތުމަކީ އަޖައިބެއް ފަދަ އިއްތިފާގެކެވެ.

މާތްކަލާކޯއެވެ. ބޮޑު ވަގަކު މިނިވަން ކުރަން ފޫގަޅައިގެން ނިކުމެ ތިބެ ތިޔަ ދެވެނީ ވައްކަމަށް ހިތްވަރެވެ. ތިޔަ ފުރައްސާރަކުރެވެނީ އިސްލާމު ދީނުގެ ހުކުމަކަށެވެ. ހަރާމީ ހުކުމެއް ނޫނެވެ. ހަރާމީ ރިޝްވަތެވެ.

]]>
Sat, 07 Jan 2023 16:19:21 +0500 ހީރަސް
ރިޔާސީ ޓިކެޓާ ބޮޑުވަގާ ހަރާން ހުކުން https://heerasnews.com/863 https://heerasnews.com/863

މީހުންގެ ތެރެއަށް ނިކުމެ ޑރ. ޖަމީލު ވާހަކަ ދައްކަން ލަދު ނުގަންނަ ކަމެވެ. ލަދު ހަޔާތް ނުގަންނާތީ އަނގައެއް އޮތީތީ ތަޅުވަމުން މި ކަލޭގެ މި ދުވަނީ ކޮން އެއްޗެއް ބޮއެގެން ބާއެވެ. ދީނާއި ޝަރީއަތާއި ގާނޫނު ކިޔަވައިގެން ހުރި މީހަކު ތައައްސުބާއި ޒާތީ ހަސަދައިން ފޯވެގެން ހުރެ އުފަން ދަރިންނަށް މި ދައްކަނީ ކޮންނަމޫނައެއް ހެއްޔެވެ.

ބުރާންތި ވިޔަސް ތިޔައީ ބޮޑުވަރެވެ. އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީނު ހެދީ މިއަދު ތިޔަަ ވާހަކަ ތިޔަ މޭރުމުން ދައްކަން ކަން އޮޅިގެން އުޅެނީ ކާކަށް ހެއްޔެވެ. ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ތުހުމަތުތަކެއް ކުރެވި ތަހުގީގުތަކާއި ޝަރީއަތް ތައް ހިނގަ ހިނގާ އޮއްވާ ރެއެއްގެ އިރުއޮއްސިފާ އަލިވިލުނު އިރު ކުއްލިއަކަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ޔާމީނު ހެދީ މިއަދު ތިޔަ ހޭރުން ހޭރެން ވެގެންނެވެ.

ހޭދެބައި ވެގެން ނޫޅޭށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ޔާމީނު އެމްއެމްޕީއާރުސީ ދަވާލި ވާހަކަ އެންމެ ބާރަށް ދެއްކީ ޖަމީލެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް އާއްމުންނާ ހަމަޔަށް ތިލަކުރި ގާސިމް އަބްދުލްކަރީމް އޭނާ ހުރި މަގާމުން ވަކިކޮށް ޖަލަށްލާ އޭނާގެ ޒިންދަގީ ދުއްވާލި ވާހަކަ އެންމެ ބާރަށް ދެއްކީ ޖަމީލެވެ. އޭރު ޖަމީލު ބުނި ބޮޑުވަގުގެ މައްޗަށް ޝަރީއަތް ހިންގާ ދިފާއު ނުވެވިގެންނާއި ދޮގު ހެކި އުފައްދައިގެން ވެސް ދިފާއުކޮށް ނުދެވި ކުށް ސާބިތުވެ ޖަލަށް ލީމާ ޔާމީނުގެ މައްޗަށް ކުރީ ސިޔާސީ ދައުވާ އަކަށް ޖަމީލަށް ވެއްޖެއެވެ. ކުރި ހުކުމް ހަރާން ވެއްޖެއެވެ.

ޖަމީލު ބުނާ ގޮތުން ރިޔާސީ ޓިކެޓެއް އޮވެއްޖެއްޔާ ކިތަންމެ ބޮޑު ވަގަކަށް ވެސް ޝަރީއަތްކޮށް އަދަބު ދީގެން ނުވާނެއެވެ. ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ބޮޑެތިހާ ވަގުންނާއި ގާތިލުންނާއި ބިލާދަރު ހުރިހާ މުޖުރިމުން ރިޔާސީ ރޭހުގައި ވާދަ ކުރަން ނިންމުމުން ފަނޑިޔާރުންގެ މުގުރުބިނދި ކިލައެއް މިލައެއް ނެތް މައުސޫމު ތުއްތު ކުއްޖެއްހާ މުޖުރިމުން ތޯހިރު ވާނެއެވެ. އެ މީހުންގެ މައްޗަށް ތުހުމަތެއް ތަހުގީގެއް ޝަރީއަތެއް ހިނގައިގެން ނުވާނެއެވެ. ރިޔާސީ ޓިކެޓެއްގައި ހުރި މީހަކަށް އަދަބެއް ލިބޭފަދަ ހުކުމެއް ކޮށްފިނަމަ އެވާނީ ހަރާން ހުކުމަކަށެވެ. ކިތަންމެ ބޮޑު މުޖުރިމަކަށް ވިޔަސް ވެހެވެ.

ހަމަ ތެދެކެވެ. ދޮގު ހެދުމާ ދޮގުވާހަކަ ފެތުރުމުގައި ޖަމީލު ހުރީ އަބޫލަހަބުގެ އަނބި އުއްމު ޖަމީލަށް ވުރެ މާކުރީގައެވެ. ޝަރީއަތެއްކޮށް ސާބިތު ނުކުރިޔަސް ޖަމީލަކީ މި އުޑުދަށުގައި ހުރި އެންމެ ބޮޑު ދޮގުވެރިޔާކަން ޝައްކެއް ނެތް މިންވަރަށް ސާބިތެވެ. ކޯޓުން ކުރާ ހުކުމްތައް ކަމުނުގޮސްގެން ކޯޓުގެ ހުރުމަތްކަނޑާ ކޯޓުތަކުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރާ ޖަމީލުމެން ކަހަލަ ފާސިގުންނަށް ވަކާލާތުކުރަން ފުރުސަތު ކޯޓުތަކުން ދޭތީ ހައިރާން ވެއެވެ. ވަކާލާތުކޮށްގެން ހަރާން ލާރިކާން ޖަމީލުމެނަށް ޖާގަ ދީގެން ތިބޭ ހާ ދުވަހަކު ރާއްޖޭގެ ކޯޓުތަކަށް ހުރުމަތެއް ލިބުނަކަ ނުދޭނެއެވެ.

]]>
Wed, 04 Jan 2023 01:38:13 +0500 ހީރަސް
އަދުރޭ އަކީ އިބޫގެ އެޖެންޓެއް! https://heerasnews.com/862 https://heerasnews.com/862 ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި ދުވަހުގެ އެވަގުތުން ފެށިގެން އަދުރޭ ކުރަނީ ދެކަމެވެ. އެއްކަމަކީ ގަދަ ބަސްބުނެ ކަމުން ރެކި ޕާޓީ މީހުން މަގުމަތީގައި ގޭނި ހުސްވުމަށް ހިތްވަރުދީ އެތެރެއަށް ހޭން ދުރުގައި ހުރުމެވެ. ދެވަނަ ކަމަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓޭ ނޫސްވެރިޔަކު ބުނަން އުޅޭހެން ހީވިޔަސް އަވަހަށް އެ ވާހަކަ އޮއްބާލާ ކުރިމަރާލުމެވެ.

އަދުރޭ މިކުރާ 2 ކަންތަކުން ވެސް ޕީޕީއެމަށް އޮތީ ގެއްލުމެވެ. މި ވަގުތު ވާން ނެތް ކަމެއްގެ އަވާގައި މެންބަރުން ވަޖިދު ކުރުވައިގެން މަގުމަތީގައި ގޭނި ވަރަކަށް، ގޭނި ހުސްވާނީއެވެ. ވަރުބަލިވެ މާޔޫސްވެ ފޫހިވާނީއެވެ.

ޕާޓީ މެމްބަރުން ކިތަންމެ ހިތް ނޭދުނަސް ރައީސް ޔާން ވެއްޓިފައި އެ ވަނީ ފަސޭހަ ރަހުމަތަކުން އަރައި ނުގަނެވޭނެ ވަރުގެ ފުން ވަޅު ގަނޑަކަށެވެ. އަނެއް ކޮޅުން ފުއްގިިރި ކިޔާ ހައިމާކަކުން އަނެއްކާ އެވަޅުގަނޑު ކޮންނަން ފަށައިފިއެވެ. ވިއްޔާ އެ ވަޅުގަނޑު ދެން ވެސް ވާނީ ފުނެވެ. ގައިމު ވެސް ތިލައެއް ނުވާނެއެވެ. އަޑިން ބޮޑުވެ އޮއެ ކަނދެއްހެން މައްޗަށް އެރުން ނޫން ގޮތެއް އެ ފަކީރަކަށް ނެތެވެ.

ޕީޕީއެމް ކުދިން ހިތުގައި އެއްޗެއް ނުލައި ރައީސް ޔާމީންގެ ޝަރީޢަތުގެ ތެރޭން އެ މަނިކުފާނަށް ޖަމީލު ދޭނެ ކެހި ކަމަށް ލަފާކޮށް އޭރު މިނޫހުން ލިޔެފަ ހުރި ލިއުންތައް އަކުރުން އަކުރަށް ނިކަން ކިޔާލަ ބަލާށެވެ.

ދެން ވެސް ރައީސް ޔާމީނަށް ހެވެއް އެދެންޏާ ރައީސް ޔާމީނުގެ ވައްކަމާއި ކޮރަޕްޝަނާއި މަނީލޯންޑަރިން އާއި ގުޅޭ މައްސަލަ ތަކުގެ ވަކީލުންގެ ބެންޗާ ވީހާ ފެއަށް ޖަމީލު ޖައްސަން ޖެހެއެވެ. 

ބުނީމާ ގަބޫލު ކުރާށެވެ. އިންސާނުންނާ ގާތް ކުރަން ހެޔޮ ނުވާ ރާއްޖޭގައި ތިބީ ހަމައެކަނި 2 މީހުން ކަމަށް ވަންޏާ އެއީ ޖަމީލާއި މަލީހާ ދެބޭންނެވެ. ލަދެއް ނުގަންނާނެއެވެ. އެކިއިރު ކިޔާނީ އެކި އެއްޗެވެ. ދެންމެ ދެއްކި ވާހަަކަ އޭގެ ދިމާ އިދިކޮޅަށް އަނެއް ސިކުންތުގައި ދައްކާ އިރު މޫނަށް ރުލެއް ވެސް ނާރުވާނެއެވެ. ކުރިމަތީގައި ނިކަން ހެވިފައެވެ. ހަމަ ފުރަގަސް ދިނީ ކަށި ހަފާ ކާނެއެވެ. މުނާފިގު ވުމަކީ އެލަރޖިކްވުން ކަހަލަ ކަމެއް ނަމަ އަބަދު ތިބޭނީ ގައި ހިރުވާށެވެ.

ޕީޕީއެމަށް ވެސް ރަަައީސް ޔާމީނަށް ވެސް އެންމެ ރަނގަޅު ގޮތަކީ އަދުރޭއަށް ހެއްލިގެން ފެން ނެތްތާ ބަކަ ތަޅަން ނުތިބެ އަވަހަށް ރިޔާސީ ކެންޑިޑޭޓެއް ނެރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގަައި ހުންނަވައިގެން ރައީސް ޔާމީނު ވިދާޅުވިހާ ގޮތަކަށް މީގެ ކުރިން ވެސް ކަން ކުރެއްވި އިހުލާސްތެރި އަކީ ޑޮކްޓަރ ވަހީދެވެ. މުއިއްޒުގެ ވެރިކަމެއްގައި އޭނާއަށް ވެގެން ކުރިއްޔާ ކުރާނެ ކަމަކީ އަވަސްވީ ގޮތަކުން ނޭކުރެންދޫ ޖަލު ނިންމާ ހދ އަތޮޅާ ހަމައަށް ރައީސް އޮފީހާ ދުރަށް ރައީސް ޔާމީނު ޖެއްސުމެވެ. ސަބަބަކީ ރައީސް ޔާމީނަށް މިނިވަންކަން ލިބޭ ވަރަކަށް ރައީސް މުއިއްޒުގެ ބާރުތައް ކުޑަވެ ފާޓު ހަނިވާނެ ކަމުގެ ބިރު މުއިއްޒަށް އޮންނާނެއެވެ.

ވަކި މުއިއްޒެއް ނޫނެވެ. ޑރ. ވަހީދު ނޫނީ ޕީޕީއެމުން އެއިތުބާރު ކުރަން ހެޔޮވާ ވަރުގެ އެކަކު ވެސް ނުފެނެއެވެ. ރައީސް ގައްސާންގެ ވެރިކަމުގައި ވާނީ އެހެން ގޮތެކެވެ. އޭރުން ރައީސް މައުމޫންގެ ލޮސްޓް ޕެރެޑައިޒް އަނބުރާ ލިބުނީއެވެ. ޕީޕީއެމްގެ އެންމެ އަލިގަދަ ތަރީގެ އެވޯޑާ އެގޮނޑި ރައީސް މައުމޫނު ނެންގެވުމުން ދެން އެވީ ރައީސް ޔާމީނަށް އެންމެ ދެރަގޮތެވެ.

ކާނަލް ނާޒިމާއި ސަންސިޔާމާއި ގާސިމަށް ވެސް ޑރ. ވަހީދާ ހަތަރު ކަޅި ހަމަކޮށް ހީސަމާސާކޮށް އެކުގައި ދުފާ ދުންބޮއެ ހަދަން ފަސޭހަ ވާނެއެވެ. އެ ބޭބޭފުޅުން އެއްގަލަށް ނާރާނެ ތިއްބެވީ 2 ބޭފުޅެކެވެ. އެއީ ރައީސް ޔާމީނާ ރައީސް ނަޝީދެވެ. 

ރައީސް ވަހީދު ނޫން ބޭފުޅަކަށް ޕީޕީއެމްގެ ޓިކެޓް ލިބިއްޖެ ނަމަ ފަހަތަށް އަރާ ލީޑަރުން ނެތި އިންތިހާބު ގެއްލޭނެއެވެ. ހަމަ އެގޮތަށް ރަައީސް ނަޝީދަށް އެމްޑީޕީ ޓިކެޓް ލިބުނަސް ފަހަތަށް އަރާނެ އެހެން ލީޑަރަކު ނުވެ 2023 ގައި އެމްޑީޕީ އޮޔާ ދާނެއެވެ.

މިލަގާ އެމްޑީޕީއަށް ދިނުމަށްޓަކާ ރަައީސް ނަޝީދަށް އެމްޑީޕީގެ ޓިކެޓް ހޯދައިދިނުމަށް ޕީޕީއެމްގެ ހާޑްކޯ ބައެއް މީހުން އެއުޅޭ އުޅުމަކީ ޕީޕީއެމުން ކުރާ  މޮޅު  ކަމެކެވެ. ރައީސް ނަޝީދުގެ ޓީމާ އެކު ކްލަބް ހަައުސް ފޯރަމް ތަކުގައާއި ކެމްޕޭން އެއްވުންތައް ޕްރޮމޯޓް ކުރުމުގައި ވެސް ޕީޕީއެމްގެ މިދެންނެވި މީހުން އަވަދި ނެތި އެބަ އުޅެއެވެ.

ތެދުތެދަށް ބުނާ ނަމަ ގިނަ ބަޔަކާ ގުޅިގެން 2023 ކާމިޔާބު ކުރުމުގެ ފުރްޞަތު ބޮޑު ދެބޭފުޅުން އެބަ ފެނެއެވެ. އެއީ އެމްޑީޕީ ނަމަ ރައީސް ސާލިހެވެ. ޕީޕީއެމް ނަމަ ރައީސް ވަހީދެވެ.

ސުވާލަކީ ޕީޕީއެމް މަގުމަތިކޮށްގެން ކެންޑިޑޭޓެއް ދެއްކިޔަ ނުދީ ހިފަހައްޓަން އަދުރޭ މިހާ ގަދަފައި ވިއްދާފަައި މިހުރީ ކާކުގެ އެޖެންޓެއްގެ ގޮތުގައި ހެއްޔެވެ؟ ގާސިމް އިބްރާހިމް ހެއްޔެވެ؟ ނޫނީ އަދުރޭ އަކީ ރައީސް ސާލިހުގެ އެޖެންޓަކީ ހެއްޔެވެ.

]]>
Tue, 03 Jan 2023 19:27:07 +0500 ހީރަސް
ޑީއާރުޕީ އުގަށް އެމްޑީޕީ ވައްޓާ ލެއްވިއްޔާ ލެއްވީ ނަޝީދު https://heerasnews.com/852 https://heerasnews.com/852 އެމްޑީޕީގައި ޑީއާރޕީއެއް އޮވެގެން އުޅޭ ވާހަކައިގެ އަޑު އަނެއްކާވެސް ގަދަވެގެންފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް އަސްލު އެމްޑީޕީއެއް އަނެއްކާ ވެސް ފާޅުވެއްޖެއެވެ. ޑިމޮކްރަސީގެ ވާހަކަ ދައްކަމުން ކޮންމެ ރައްޔިތަކު ބޭނުން އިރަކު ކޮންމެ ޕާޓީއަކަށް ބަދަލު ވުމުގެ ހައްގު އޮތް ވާހަކަ ދައްކަމުން ޕާޓީގެ މެންބަރުން އިތުރު ކުރަން ފޫގަޅައިގެން އުޅެވުނުކަން ރިޔާސީ ޕްރައިމަރީއާ ޖެހުމުން ހަނދާނަކު ނެތެވެ. 

ޑީއާރުޕީގެ އެންމެ ސަމަންތަރު ހެޔޮ ދުވަސްވަރެވެ. ޑީއާރުޕީގެ ނައިބު ލީޑަރ އަލީ ވަހީދަށް މާލެއިން ގޯތި ގަނެދީ މިލިޔަނުން ފައިސާ ދީ އާޓިފިޝަލް ބީޗްގައި ބޮޑު ޖަލްސާ ބާއްވާ އުރަލައިގެން ގެނެސް މާފަތި ކަރުގައި އަޅުވާ ބޮޑު ގޮނޑީގައި އަލީ ވަހީދު ވެޑުވީ ރައީސް ނަޝީދެވެ. އެމްޑީޕީގެ ދޮރުގައި ތަޅުދަނޑި ޖަހާ ޑީއާރުޕީއަށް އެމްޑީޕީ ހުޅުވާލަ ދެއްވީ ރައީސް ނަޝީދެވެ.

ޑރ. ޝަހީދާއި އަލްހާނު ފަހުމީއާއި އެނޫންވެސް އެތައްބަޔަކު އެމްޑީޕީއަށް އިއްޒަތުގައި ގެނެސް އާރާ ބާރު ހޯދަ ދިނީ ރައީސް ނަޝީދެވެ. އޭރު އެންމެން ތިބީ އަތްޖަހާށެވެ. 

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ސިޔާސީ ޑިޕްލޮމޭޓް އަބްދުﷲ ޝާހިދާއި އަހުމަދު މަހުލޫފާއި އަހުމަދު ތަސްމީނު އަލީއާއި އެމަނިކުފާނާއެކު ގެންނެވި ބޮޑު ޕެކޭޖަށް އެ ދުވަހު ވެސް މަރުހަބާ ވިދާޅުވެ އިސްސަފުން ޖާގަ ފަހިކޮށް ދެއްވީ ރައީސް ނަޝީދެވެ. އަލީ އާޒިމާއި ރޮޒޭނާ އާދަމާއި މުޙައްމަދު ނާޝިޒް ފަދަ އެތައް ބޭފުޅުންނެވެ. އޭރު ދާއިރާތަކަށް އެތައް މަސައްކަތެއް ކޮށްދީ ދާއިރާތަކުގައި އެމްޑީޕީ ރޫހު އުފައްދާ ރުކުރުވާލި އެތައް އިސް އެކްޓިވިސްޓުން ފަހަތައް ޖައްސުވާ ބާކީކޮށް މަޖިލިސް މެންބަރު ކަމުގެ ޓިކެޓަށް ދާންދެން ހޯދާދެއްވަން އިސްވެ ހުންނެވީ ރައީސް ނަޝީދެވެ. އެ ދުވަހު އިސްކަން ދެއްވީ މުހާޖިރުންނަށެވެ.

އިސްވެ ދެންނެވި ބޭބޭފުޅުން އެމްޑީޕީއާއި ގުޅި ވަޑައިގަތީ ނަމަކަށް ނޫނެވެ. އެ ބޭބޭފުޅުން ޑީއާރުޕީގައި ނުކުރައްވާ މަސައްކަތް އެމްޑީޕީއަށްޓަކާ ކޮށްދެއްވިއެވެ. ދަނީ ކޮށްދެއްވަމުންނެވެ. ކުރިއްސުރެ އެމްޑީޕީގައި ތިބި ގިނަ މެންބަރުންނަށް ވުރެ ބުރަ ގިނަ މަސައްކަތް އެމްޑީޕީއަށް ވަނީ ކޮށްދެއްވާފައެވެ. ސިޔާސީ ބަހުސްތަކާއި ސިޔާސީ އެއްވުންތަކުގައި އެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅު ރައީސް ނަޝީދަށް ވެސް ކުރެއްވި ފައެއް ނުއޮންނާނެއެވެ.

މުޒާހަރާއެއްގައި ނަމަ ތިއްބަވަނީ އެންމެ ކުރީގައެވެ. ސިޔާސީ އެއްވުމެއްގައި ޝާހިދާ ރޮޒޭނާގެ އަޑާ ނުލާ އެ އެއްވުމެއް ފުރިހަމައެއް ނުވެއެވެ. އެ ބޭފުޅުން ގުޅިވަޑައިގެން ފަހުން ރައީސް ނަޝީދު ހައްޔަރު ކުރެވޭ ކޮންމެ ފަހަރަކު އެންމެ ބާރަށް އަޑުއުފުއްލަވާ ހެއްދެވީ ރޮޒޭނާ އާއި މަހުލޫފާއި އަލީ އާޒިމް ފަދަ ބޭބޭފުޅުންނެވެ. 

ރާއްޖޭގެ ރައީސް ގެ ފަހަތްޕުޅުގައި އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރު ނަގަހައްޓަން ޝާހިދާއި މަހުލޫފާއި ރޮޒޭނާމެން ތިއްބެވުން އެމްޑީޕީގެ ރައީސަށް ހަޖަމް ނުކުރެއްވެއެވެ. އެ ބޭފުޅުނަށް ބަދު ބަސް ރައްދު ކުރައްވާ ހުތުރު ނަންނަމުން މުހާތަބު ކުރެއްވުމުން ވެއްޓެނީ ރައީސް ނަޝީދުގެ އަގެވެ. އާންމު މެންބަރުންގެ ހިތުގައި ނަފްރަތު އުފެއްދެވުމަށް ރައީސް ނަޝީދު ޑީއާރުޕީގެ ވާހަކަ ރޮޒޭނާ މެނަށް ނިސްބަތްކޮށް ދައްކަވާއިރު ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނެވި އަލީ އާޒިމް ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިނުގަންނަވަންޏާ އެހެން ބަޔަކަށް ޑީއާރުޕީއޭ ރައީސް ނަޝީދު ވިދާޅުވާނީ ފިތުނަ ފަސާދަ އުފެއްދެވުމަށެވެ.

]]>
Sat, 31 Dec 2022 20:27:00 +0500 ހީރަސް
ބޮޑު ހިޔާނާތުގާ ޔާމީނުގެ މައްސަލަތައް އިސްވަނީ ކީއްވެ! https://heerasnews.com/837 https://heerasnews.com/837 ކުރީގެ ރައީސް ޔާމިނު މަނީލޯންޑަރ ކުރިކަމާއި ރިޝްވަތު ހިފިކަން ކްރިމިނަލް ކޯޓަށް އެ އޮތީ ސާބިތުވެފައެވެ. ދެ އަނގަ ޖަމީލަކަށް ޓޮމަކަށް އެ ހުކުމެއް ބަދަލެއް ނުކުރެވޭނެއެވެ. އަދުރޭ އަކަސް ހުކުމުގެ ހަލާލު ހަރާމެއް ކަނޑައެއް ނެޅޭނެއެވެ. ނޫސްކޮންފަރެންސަކުން މުޒާހަރާއަކުން ޓްވިޓަރ އަކުން އެ ހުކުމެއް ބާތިލެއް ނުކުރެވޭނެއެވެ.

ހުކުމާ މެދު ހިތް ހަމަ ނުޖެހެންޏާ އިސްތުއުނާފް ކުރަން ހައިކޯޓަށް ދާށެވެ. ހައިކޯޓުގައި ހުއްޖަތް ގާއިމުކޮށްގެން ހުކުމް ބަދަލު ކޮށްލާށެވެ. ނޫނީ ބާތިލު ކޮށްލާށެވެ. ހައިކޯޓުން ހުކުމް ދަމަހައްޓައިފި ނަމަ ސްޕްރީމް ކޯޓަށް ވެސް ދާށެވެ. ޔާމީނަށް ހެޔޮ އެދެންޏާ މިއަދު ކޮށްދޭންވީ އެކަމެވެ.

ޔާމީނު ނޫނަސް ކިތަންމެ ބަޔަކު ޖަލު ހުކުމް ތަންފީޒު ކުރަމުން އެބަދެއެވެ. އެ މީހުނަށް ވެސް ހުކުމް ކުރީ ރާއްޖޭގެ ކޯޓު ތަކުންނެވެ. ޖަލުގައި ތިބިހާ ބަޔަކު އެތިބިއްޔަކީ އެ މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމާ މެދު ހިތް ހަމަ ޖެހިގެނެއް ނޫނެވެ. ނިޔާއަށް ތަބާ ވެގެންނެވެ. ހައްޔަރުގައި ތިބި އެހެން މީހުނަށް ނުގެއްލުނު ހައްގެއް ޔާމީނަށް ގެއްލިގެން ފަސާދަ އުފައްދަން މަގުތަކަށް ނިކުމެ ތެޅި ބޭލީމާ ފައިބާނީ އެ ބައެއްގެ ހުޅުނބެވެ. މާސް މީޑިއާ ހެޑްލައިން ހަދަން މީސް މީޑިއާ އާއި ނޫސް ކޮންފަރެންސް ތަކުގައި ބޮޑެތި ވާހަކަ ދައްކަނީ އަމިއްލަ މީހާ މަޝްހޫރުވާށެވެ. ޔާމީނަށް ހެވެއް އެދިގެނެއް ނޫނެވެ.

އާނއެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގައި " ސްޓޭޓް ސްޕޮންސަރޑް" އެންމެ ބޮޑު ހިޔާނާތެވެ. ރައްޔިތުންގެ ހައްގު ތަކަށް ރައްކާތެރި ވުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުރި މީހާގެ އަމިއްލަ އެކައުންޓްތައް ގޮތް ނޭނގޭ ފައިސާ ތަކުން ފުރި ބަންޑުންވިމާ "ހޮޅުއަށީގައި އިންނަ އާދަންބެ" ވެސް އެއީ ވަގެކޭ ބުނާނެއެވެ. ވެރިކަމުގައި ހުރެ އާއްމު އެއްވުމެއްގައި އަމިއްލަ ގެއަށް ވަން ފައިސާ ހަރާން ކަމާމެދު ޝައްކެއް ނެތްކަމަށް އަމިއްލަ ދުލުން ބުނީމާ އެއީ ދެއްކި ސިޔާސީ ވާހަކައަކަށް ނުވެއެވެ. މުސާރައާއި އިނާޔަތުގެ ގޮތުގައި ދައުލަތުން ރައީސަށް ލިބެނީ ދެ ލައްކައަށް ވުރެ ކުޑަ މިންވަރެކެވެ. މަގާމުގައި ހުރެ ވިޔާފާރި ކުރުން މަނާ ރައީސް ހިޔާނާތެއް ނުވެ ރިޝްވަތެއް ނުހިފާ އެކައުންޓުތައް މިލިޔަން މިލިޔަން ޑޮލަރުން ފުރިބާރު ބާރުވަނީ ދަރިމައިވާ މުސާރައެއް ލިބޭތީތާއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލާ އަވަހަށް އިންސާފު ނުހޯދާ އެކަމާ ގުޅުން ހުރި އެހެން އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތް ހިންގީމާ ވާގޮތް އެބަފެނޭ ނޫންހެއްޔެވެ. އަރާއި ބާރުގައި ހުރެ ކަމުން ރެކެން އަދީބާއި ޒިޔަތުގެ މައްޗަށް ޝަރީއަތް ހިންގާ ކުށް ސާބިތު ކޮށްފައި ތިބުމުން އެ ދެ މީހުންގެ ބަހަކީ ފާސިގު ހެކިބަހަށްވެ އެހެން މީހުން ކުށުން ބަރީއަވެގަތުމަށް އޮތް ހުއްޖަތަކަށް އެކަން އެބަ ހަދައެވެ. އެއްވެސް ކަމެއް ހިނގި ގޮތް އެ ކަމެއް ކުރުމުގައި އުޅުނު ބަޔަކަށް ވުރެ ރަނގަޅަކަށް އެހެން ބަޔަކަށް ނޭނގޭނެއެވެ. އެހެން ކަމަށް ވާނަމަ އެ ކަމެއްގައި އެންމެ އިސްކޮށް ހުރި މީހާކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލަ އިހަށް ނުބަލާ އެހެން މީހެއްގެ މައްސަލައެއް އިސް ކުރެވިގެން ނުވާނެއެވެ.

އަމްދުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރި މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުމުން އެންމެ ފުރަތަމަ ބަލަން ޖެހެނީ އެކަމެކެވެ. މަގާމުގައި ހުންނަ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަށް އޭނާ މަގާމުން ވަކި ވަންދެން ދައުވާ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީގައި އޮތުމުން އެ މީހަކު މަގާމުން ވަކިވުމުން އެ ކަންކަން ބަލާ ތަހުގީގު ކުރަން ލާޒިމެވެ. ރައިސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލާ ތަހުގީގުކޮށް ޝަރީއަތް ކުރުން އިސްވަނީ އެހެން ވެގެނެވެ.  

ރައީސް ޔާމީނު އައްޔަނުކޮށްފައި ހުރި ވަޒީރަކާއި އެމްޑީއަކު ބައިވެރި ވެގެން ދެ ތިން ހަތަރު އަހަރު ވަންދެން ދައުލަތް ދަވާލިއިރު ރައީސް ޔާމީނަށް ނޭނގުނީ ޔާމީނު ކޯމާއެއްގައި އޮތީމައެވެ. ބޮޑު ހިޔާނާތުގައި ރައީސް ޔާމިނުގެ ބައިވެރި ވުމެއް ނެތްނަމަ ރޭވިގެން ސަޅިކޮށް އެވަރުގެ ބޮޑު ހިޔާނާތެއް އަދީބަކަށް ޒިޔަތަކަށް ނުހިންގޭނެކަން ޔަގީނެވެ. އަމްދުން އެ ހިޔާނާތުގައި ސަތޭކައެއްހާ ފަޅުރަށާއި ފަޅުފަޅާއި ވިއްކާ ފައިސާތައް ހަަޖަމުކޮށް ނިންމިއިރު ޔާމީނަށް ދޮންކަޅު ނޭނގުމަކީ އަރަތެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް ޔާމީނަކީ ހިޔާނާތްތެރި އަކަށް ނުވަންޏާ ހިޔާނާތްތެރިއަކު ނޫޅޭނެއެވެ.

]]>
Tue, 27 Dec 2022 17:05:44 +0500 ހީރަސް
އެއްބައިވަންތަކަމުގެ ދުވަހުގެ ހަމްދަރުދީ ރައީސް ޔާމީނަށް https://heerasnews.com/835 https://heerasnews.com/835 ބަޔަކު ނަފްރަތާއި ފަސާދައިގެ ފޮނު އެރުވިޔަސް އެއީ ސައިބޯނި ބޮކިތަކެކެވެ. ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހު ވެސް ނަފްރަތާ ފަސާދައިގެ ހުޅު ފަޅަފަޅައިގެން ދަނީ ހަމަޖެހުމާ އިންސާފަށް ލޯބި ނުކުރާ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއްގެ ކިބައިންނެވެ. ތިމާމެން އެދޭގޮތް ނޫން ގޮތަކީ ނެތް ގޮތެއް ކަމަށް ދެކިގެން ހަމަ ގަބޫލު ނުކުރާ ބަޔަކަށް ހަމައެއް ލަމައެއް ނޯންނާނެއެވެ. ބޭ އިންސާފަކީ އިންސާފުކަމަށް ދެކި އަރާބާރުގައި ތިބިއިރު ބޭއިންސާފުން ކަންކުރި ބަޔަކަށް އިންސާފުން ކުރާކަމެއް ކަމަކު ނުދާނެއެވެ. 

ރާއްޖޭގެ ޖަލު ތަކުގައި ހުކުމް ތަންފީޒު ކުރާ އެތައް ބަޔަކު އެ ތަންތާ އެތިބީ ހިތުން ރުހުމުން ގޮހެއް ނޫނެވެ. އެ އެންމެން ވެސް ހުކުމަށް ތަބާވެ އެތިބެނީ ދިފާއުނުވެވި ހުކުމެއް ތަންފީޒު ކުރަން ޖެހުނީތީއެވެ. ހުކުމާ މެދު ނުރުހޭ މީހުންނަށް ނިހާއީ ހުކުމަށް ވާސިލު ވުމަށް އެކި މަރުހަލާގެ ކޯޓުތައް އެބަހުއްޓެވެ. 

ހުކުމް ތަންފީޒު ކުރެވޭ ކޮންމެ މީހެއްގެ ވެސް އާއިލައަކާއި ލޯބިވާ ބަޔަކު ތިބޭނެއެވެ. އެކި މީހުންގެ ތިބެނީ އެކިވަރަށެވެ. ގިނަ ބަޔަކު މީހަކު ދެކެ ލޯބިވުމަކީ އެމީހެއްގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ ކަމެއްގައި ޝަރީއަތް ނުހިންގާ ތަންފީޒު ކުރަން ޖެހޭ ހުކުމެއް ތަންފީޒު ނުކުރަން އޮތް ހުއްޖަތެއް ނޫނެވެ. އެކަމުގައި މަސްވެރިއެއް ކަނބުރެއް މުދިމެއް ރިޔާސީ ކެންޑިޑޭޓެއް ތަފާތެއް ނުވާނެއެވެ. 

ކުރީގެ ރައިސުންނާ ފަނޑިޔާރުންނާއި ވަޒީރުންނާ ވެސް ޖަލުގެ ގޮޅިތަކުގެ ތޭރިތަކުގެ ފަހަތައް ދާން ޖެހުނީމާ ހުރީ ގޮއްސައެވެ. ނިހާއީ ހުކުމް ތަކުން ކިތަންމެ ބަޔަކު ކުށުން ބަރީއަ ވެފައިވެސް އެބަތިއްބެވެ. އެކަމުގައި ރައީސް މައުމޫނެއް ނަޝީދެއް ޔާމީނެއްގެ ތަފާތެއް ނެތެވެ. ތަފާތު ވަނީ އެމީހުނަށް ޖަލުގައި ދެވޭ އިމްތިޔާޒު ތަކެވެ. ރައްޔިތުންގެ ގިނަ ބައެއްގެ ލޯބި ލިބިތިބި ބަޔަކަށް ވާތީއެވެ. 

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަތީ ތީ ހިތާމަކޮށް ހަމްދަރުދީ ފާޅުކުރަމެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް ކެތްތެރިކަން ދެއްވާށިއެވެ. ކޮންމެ މީހަކަސް ވެސް އެމީހަކު ކުޅަކަމެއްގެ ނަތީޖާއާއި ފަހުން ނަމަވެސް އެމީހަކު ބައްދަލު ކުރަން ޖެހޭނެއެވެ. ދުނިޔޭގެ ސުންނަތަކީ އެއީއެވެ. މިއީ ދުނިޔެއެވެ. މަހުޝަރު ބިމެއް ނޫނެވެ. ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަމުން އެއްބައިވަންތަ ކަމާއެކު ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި މުޅިގައުމު އެކަތިގަނޑަކަށްވެ ގާނޫނީ ސަރުކާރާ އަތުގުޅާލުން ފިތުނަ ފަސާދައަށްވުރެ ހެޔޮކަން ބޮޑެވެ.

]]>
Mon, 26 Dec 2022 16:33:20 +0500 ހީރަސް
ޔާމީނު ހައްޔަރު ކުރަން ޖަމީލުވީ ވައުދު ފުއްދައިފި https://heerasnews.com/830 https://heerasnews.com/830

އެމްއެމްޕީއާރުސީގެ މުލުވަގު މުޖުރިމު ޔާމީނު ރަނގަޅަށް ބޭނިއްޖެއެވެ. ހުކުމް ފެލައިލަން އެގޮތް މި ގޮތަށް ތެޅި ބާލައިގެން ވީކަމެއް ހަރާމުން ހަރާމެވެ. ނަރީޝް ގަނޑަކުން ގަނޑަކުން ގުނި ޑޮލަރުފުނި ފުންޏަކަށް ނުވެ ހެދި ހެކި ހެއްކަށް ނުވެ މުޖރިމު ޔާމީނަށް އުގޫބަތް ހައްގު ވެއްޖެއެވެ. ޔޫސުފް ނައީމް ޖެހިމަޅީގައި ރީއްޗަށް ބެދި ހަފުސް ވެއްޖެއެވެ.

ދެ އަނގަ ޖަމީލު ރީތި ބަދަލަކުން މުޖުރިމު ޔާމީނަށް ބަދަލު ހިފައިފިއެވެ. ލަވާ ކާން ދީގެން ގެންގޮސް ވަގުބުޅާ ދަންތުރައަށް ރީއްޗަށް މަހާލައިފިއެވެ. މަގުމަތީ ކޯޓު ތަކުގައި ހުކުން ކުރަމުން ކުރަމުން އައިސް ގެއްލުވާލި ނައިބު ރައީސް ކަމުގެ ބަދަލު ވަރަށް ސަޅިކޮށް ޖަމީލު ހިފައިފިއެވެ.

އަދުރޭގެ ހިސާބު ބޮޑު ތަނުން ގޯސްވެ ރަމަލުން ކަހާލުމުން ހުކުން ހަރާން ވެއްޖެއެވެ. އަދުރޭ ބޭނުންހާ ގޮތަކަށް ނުކުރާ ހުކުމެއް އަދުރޭ އަކަށް ހަލާލެއް ނުވާނެއެވެ. ހޭބުއްދި ސަލާމަތުން ހުރެ ވަގުން ވައްކަން ކޮށްފައި ވައްކަން ކުރީ މަށޭ ބުނީ ކޮން ވަގެއް ހެއްޔެވެ. މިސްކިތު ހުޅު ޖެހިގެން ހުކުން ލީކު ވެގެން ތެޅި ބޭލީވެސް މުލުވަގު ޔާމީނުގެ އައުވާނުންނެވެ.

މުލުވަގު ޔާމީނަށް އުދަގޫ ގޮތަކަށް ބަޑުހަރުކޮށް ގަލޯހާޖާ ކުރެވުނަސް އެއީ އިންޑިއާ އިން އަންގައިގެން ވީކަމެކެވެ. ކުރި ވައްކަމުން ނުނެއްޓެވި އަންނާނެ ހުކުން އަމިއްލައަށް ވެސް ގަބޫލުކޮށްގެން އިންޑިއާއޭ ސަރުކާރޭ ކިޔައިގެން އަނގަ ދިޔާ ކުރިއަސް ޔާމީނަކީ ވަގެއް ނޫން ކަމަކަށް ގިނަ ދިވެހިން ގަބޫލެއް ނުކުރެއެވެ. އެންމެ ރުހޭ މީހާވެސް ބުނެ އުޅެނީ " ކެޔަސް ހެޔޮތާއޭ ކަންތައް ތަކެއް ކޮށްފިޔޭ" މިހެން ނޫން ހެއްޔެވެ. އެކަމަކު ކެޔަސް ގިނަ މީހުނަށް ހެވެއް ނޫނެވެ.

މުލުވަގު ޔާމީނަށް ދިގު މުއްދަތަށް ބަންދު ކުރުވާނެ ކަމަށް ދެ އަނގަ ޖަމީލު ވީވައުދު ފުއްދައިފިއެވެ. ރިޝްވަތު ހިފުމާ މަނީ ލޯންޑަރިންގެ ކުށުން މުޖުރިމު ޔާމީނު ކުށްވެރިކޮށްފިއެވެ.

]]>
Sun, 25 Dec 2022 15:52:44 +0500 ހީރަސް
ޔާމީނަށް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާނެ! https://heerasnews.com/825 https://heerasnews.com/825

ޝަރީއަތައް ނުފޫޒު ފޯރުވުމާއި ބިރު ދެއްކުމުގައި ޔާމީނު ވަނީ ހަޔާތް ކެޑިފައެވެ. ނޫސްވެރިކަމުގެ މިނިވަން ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކޯޓު ތަކުގެ ހުރުމަތް ކަނޑާލުމަށް ޔާމީނު ނުކުރުވާ ކަމެއްނެތެވެ. މަސްދަރު ހާމަ ނުކުރުމުގެ ހައްގުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ކޯޓު ތަކުގެ މުއައްޒަފުންނާއި ފަނޑިޔާރުންގެ މެދުގައި އިތުބާރު ކަނޑުވާލަން މަސައްކަތް ކުރާ ކުރުން އިންތިހާއަށް ބޮޑު ވެއްޖެއެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ ޔާމީނުގެ ޝަރީއަތުގެ ހުކުމް ރައީސް އޮފީހުން ގާޒީއަށް ފޮނުވި ކަމަށް ބުނެ ހަގީގަތެއް ނެތް ދޮގު ވާހަކައެއް ފެތުރުމުގެ ބޭނުން އޮޅިފައެއް ނެތެވެ. އެހެން އެ ވާހަކަ ފެތުރުމުން ޔާމީނުގެ މައްޗަށް ކުށެއް ޝަރީއަތަށް ސާބިތުވެ އުގޫބާތެއް ލިބޭ ގޮތަށް އޮތް ނަމަ ގާޒީ ގަންނާ ކުރައްވާ ބިރުން ޔާމީނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާނެ ކަމަށް ހީކުރެވެނީ ތާއެވެ.

ކުރިޔާލާ ދޮގު ވާހަކައެއް ފަތުރާލައިގެން ޝަރީއަތުން ކުރާ ހުކުމާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދާ ކޯޓުތަކުގެ އިތުބަރާއި ހުރުމަތް ކަނޑާލުމަކީ އެފާޑުގެ ވާހަކަ މާސްމީޑިއަ މެދުވެރިކޮށް ފަތުރާ ސަބަބެވެ.

ފަނޑިޔާރަކު ބައްލަވަމުން ގެންދަވާ މައްސަލައެއް ދިރާސާ ކުރުމުގައި އެ ކޯޓުގެ އެހެން ފަޑިޔާރަކު ލައްވާ މައްސަލަ ދިރާސާކޮށް ހުކުމް ލިއުއްވި ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ކޯޓުގެ އޮފިޝަލަކާ ހަވާލާދީ ފިތުނަވެރި ވާހަކަ ތަކެއް ފަތުރައިގެން ކުށުން ބަރީއަ ވުމަށް ކޯޓްތަކާއި ފަނޑިޔާރުންގެ ކަރާމާތް ގެއްލުވާލުމަކީ އަޅާ ނުލާ ތިބޭވަރުގެ ކަމެއް ނޫނެވެ.

ޒިންމާދާރު ނޫސްވެރިކަމުގައި އިންވެސްޓިގޭޓެޑް ޖާނަލިޒަމަކީ ބުންޏޯ ބުންޏޯ ވާހަކައެއް ނޫނެވެ. ސާބިތު ހިފޭ ވަރުގެ ހެއްކާ ގަރީނާ ނެތި ފަނޑިޔާރުންނާ ފަނޑިޔާރު ގޭގެ ހުރުމަތް ކަޑާލުމަކީ ގާނޫނު އަސާސީ ކަނޑައެޅިގެން މަނާކުރާ ކަމެކެވެ. ލިބިދޭ ކޮންމެ ހައްގަކީ ޒިންމާ ތަކަކާ އެކު ލިބޭ އެއްޗެކެވެ. ފަނޑިޔާރަކު ބޭއިންސާފުން ހުކުމެއް ނުކުރަނީސް ކޮށްފާނެ ކަމަށް ދައްކަން ފިތުނަ ވެރި ވާހަކަ ލިޔެ މުޖުތަމައުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރެރިޒަމަށް ކޮށާ މަގެކެވެ. ފަނޑިޔާރުގެއިން ކުރާ ހުކުމަކާ މެދު ނުތަނަވަސް ކަމެއް އޮތް ނަމަ އެ ކަމެއް ބެލުމަށް މަތީ މަރުހަލާގެ ކޯޓުތައް ހުންނާނެއެވެ.

ސިޔާސީ ބޭނުމުގައި ކޯޓުތަކުގެ ހުރުމަތް ކަނޑަނީ ކޮންމެ ބަޔަކު ކަމުގައި ވިޔަސް އެ ބަޔެއްގެ މައްޗަށް ގާނޫނީ ބާރު ނުހިންގާ ދޫކޮށްލުމުން ބޮއްސުންލަނީ ގައުމުގެ އަމާން ކަމެވެ. ކުށުން ބަރީއަ ވުމަށް ޔާމީނު ކަހަލަ "ޖީވަން" ހެދިގެން އުޅޭ ސިޔާސީ މީހުންގެ މައްޗަށް އަދުލު އިންސާފުގެ މުގުރުގެ ބާރު ވެރިކަން ނުހިންގާ ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ހަދާ އަޅާނުލުމުގެ ނަތީޖާއަކީ މުޅި ޝަރުއީ ނިޒާމް ގަޑުބަޑުވެ އިތުބާރު ގެއްލުމެވެ. ސިޔާސީ ޖާސޫސުންގެ އައްޑާ އަކަށް ކޯޓުތައް ބަދަލުވުމެވެ.

]]>
Fri, 23 Dec 2022 18:21:44 +0500 ހީރަސް
ފެލާލައިގެން ހުރެ ފެލާހިތުން ނުނިދިގެން ފެލުން https://heerasnews.com/824 https://heerasnews.com/824

ފެލައިލަންގެ ވެރިކަމުން ފައްސާ ނަގާލި ބައިގަނޑު ފެލައިލާ ވާހަކަ ދައްކާނީ ގޮތެއް ފޮތެއް ނެތިގެންނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔަނާތް ހިންގި ހިޔާނާތްތެރިން އަނގަ ދިޔާ ކޮށްފައި އެމްއެމްޕީއާރު ސީގެ ހިޔާނާތޭ ކިޔަން ލަދެއް ހަޔާތެއް ނެތެވެ. އޮތީއްޔާ އޮތް ފަޅުރަށަކާ ފަޅަކާ ގިރިއަކަށް ދަންދެން ފެލާލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެއެވެ.

ދޮންކެޔޮ ދަޅިއަކުން ދިޔަ ފެލައިލާހެން ގައުމު ފެލައިލީ 2013 އިން 2018 އަށް ވެރިކަމުގައި ހުރި ޔާމީނު ނޫން ދެވަނަ މީހެއް ނޫނެވެ. ގައުމު ފެލައިލައިގެން މީހަކަށް އުގޫބާތް ދެންޏާ ފުރަތަމަ ދޭންޖެހޭ މީހަކީ ޔާމީނެވެ. ޔާމީނު ފެލައިލި ފެލައިލުން އަދީބާއި ޒިޔަތުގެ ބޮލަށް ކަނޑާލައިގެން ޔާމީނަކަށް ބޯދަމައެއް ނުގަނެވޭނެއެވެ. ދޫމަޅި ގާނޫނުލް އުގޫބާތެއްގެ ތެރެއިން ދެ އަކުރުގެ އޮޅުމަކުން ކޮންމެ ފަހަރަކު ޔާމީނަށް މިންޖެއް ނުވެވޭނެއެވެ. ބުރިޖާއި ދަރުމަވަންތަ ހިސްޕިޓަލާއި ހިޔާފުލެޓު ދައްކައިގެން ދައުލަތް ފެލާ ނުލާ ކަމަކަށް ޔާމީނަކަށް ނުވެވޭނެއެވެ.

ޔާމީނުގެ އައުވާނުން ނެގިނެގިފައި ޖެހުނަސް ޔާމީނަކީ ވަގެއް ކަމަށް މީހުން ގަބޫލު ކުރާ ކުރުމަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެމްއެމް ޕީއަރުސީގެ ހިޔާނާތުގެ މުލުވަގަކީ ޔާމީނު ކަމަށް ދެކޭ ދުށުން ބަދަލު ކުރަން ކިތަންމެ ބާރަށް ފެލައިލައިފިއޭ ގޮވިޔަސް ފެލައިލީ ޔާމީނު ނޫން ކަމަކަށް ނުވާނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން މަޖިލިސް މެންބަރުން ތަކަކަށް ރިޝްވަތު ދިން ވާހަކަ އަޑު ގަދަކޮށް ދައްކާ އެމްޑީޕީއަށް އެ ހިޔާނާތް ފޫޅު ކަނޑާލަން ލައްކަ ފޯރި އެބަހުއްޓެވެ. މަޖިލިސް މެންބަރުން ތަކަކަށް ރިޝްވަތު ހިފޭނީ ރިޝްވަތު ދިން ބަޔަކު ތިބެގެންނެވެ. އެ ރިޝްވަތެއް ދިނިއްޔާ ދިނީ ޔާމީނުގެ ވެރިކަމުގައި ޔާމީނުގެ ބޭނުމަށެވެ. ޔާމީނެވެ. 

ސްޕްރީމްކޯޓުގެ ބެންޗް ކުޑަ ކުރުން ކަމަށް ވިޔަސް، އަދީބު ނައިބު ރައީސް ކަމަށް ގެންނަން ކަމަށް ވިޔަސް، ފ. އަތޮޅު ވިއްކާލަން ކަމަށް ވިޔަސް ރިޝްވަތު ދިނީ ޔާމީނުގެ ބޭނުމަށް ޔާމީނެވެ. ރިޝްވަތުގެ ފައިސާ ރައްދުކޮށް ދިން މީހަކީ އަދީބަށް ނޫނީ އެހެން މީހަކަށް ވެދާނެއެވެ. އެހެނެއް ކަމަކު ރިޝްވަތެއް ދިނިއްޔާ ދިން އަސްލު މީހަކީ ޔާމީނެވެ. ރިޝްވަތު ދީގެން ލިބުނު މޮޅެއް ލިބުނީ ޔާމީނަށެވެ.

އެފައިސާ މިފައިސާ އެތާހުރި މަގޭ ފައިސާއޭ ނޫނީ ޔާމީނަށް ނުކިޔެނީ އެހެން ވެގެނެވެ. އަދީބު ގެންގޮސްދޭ ފައިސާ މަދުވެ ބޮޑާ ހަދާ ފުއްވީ ވެސް ޔާމީނެވެ. ވޮޑަމުލާއިން އާރަށުން ފުށްގިރީ ޔާމީނެވެ. އަދިވެސް ހައްސަ ވައްކަމެވެ. އެސްއޯއެފޭ އެސްކްރޯއެކައުންޓޭ ފާސިގު ހެކިބަހޭ ޑޮލަރު ގަތުމޭ ކިޔައިގެން އުޅުނަސް ފެލައިލިކަން ނޭނގޭ މީހަކު ނޫޅެއެވެ. އަދީބު ލައްވާ ކުރުވިޔަސް ޒިޔަތު ލައްވާ ކުރުވިޔަސް އެއިން ކޮންމެ ކަމެއްގެ އާހިރު މަންފާ ލިބުނީ ޔާމީނަށް ކަމާއި މެދަކު ޝައްކެއް ނެތެވެ. ހަމަ ތެދެކެވެ. ޔާމީނެއް ކަމަކު ފެލާލައިގެން ހުރެ ފެލާހިތުން ނުނިދިގެން ފެލުމަކީ ބައްޔެކެވެ.

]]>
Fri, 23 Dec 2022 16:44:55 +0500 ހީރަސް
ހުކުމް ފެލައިލާ އެއްވުމުން ފަނޑިޔާރުންނަށް ބިރުދެއްކުން https://heerasnews.com/813 https://heerasnews.com/813 ވ. އާރަށުގެ ވަގު ޑީލާ ގުޅިގެން ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގ އާއި ރިޝްވަތުގެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް މިހާރު އޮތީ ނިމިފައެވެ. ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލިހެވެ. މި ހިނގާ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

އަންނަން އޮތް ހުކުމަށް ނުފޫޒު ފޯރުވާ ބިރު ދައްކައިގެން ފަނޑިޔާރުގެ ފެލައިލަން ޔާމީނު އުޅޭތީ އެބަ ފެނެއެވެ. ދައުވާ ލިބޭ މައްސަލައެއްގެ ހުކުމަށް ކުޑަތަން ވެފައި އޮއްވާ ފެލައިލުމުގެ ނަމުގައި ޕީޕީއެމުން އެއްވުމެއް ބޭއްވުމުގެ ބޭނުން ވަރަށް ސާފެވެ. ފަނޑިޔާރުން ފެލައިލައިގެން ބޭނުންވާ ހުކުމެއް ނެރުން ނޫން އެހެން ބޭނުމެއް އެ އެއްވުމުގައި ނެތެވެ. ހުކުމް ފެލައިލާ އެއްވުން އަންނަ ހުކުރަށް ތާވަލުކޮށްފައި އޮތީ ކީއްވެކަން ފަނޑިޔާރުގެ އަކަށް ނުއޮޅޭނެއެވެ.

ތިމަންނާއަކީ ދެން އަންނަ އޮތް ރައީސް ކަމާއި ހިތް ނޭދޭ ހުކުމެއް އިއްވައިފި ނަމަ ރައީސް ކަމަށް އައިސް ފަނޑިޔާރުންނަށް ކުޅި ދައްކާލާނެ ކަމުގެ އިންޒާރު ދިނުން ނޫން އެހެން އެއްވެސް މަގުސަދެއް އެ އެއްވުމުގައި ނެތެވެ. ޔާމީނާއި ޔާމީނުގެ އައުވާނުންގެ ބަސްމަގު މިހާތަނަށް ހުރި ގޮތުން އެ ނޫން މަގްސަދެއް ނޯންނާނެ ކަން ކިތައްމެ ރަނގަޅަށް ވެސް އެނގެއެވެ. 

ކާނިވާ ސަރަހައްދަށް ބަޔަކު އެއްކޮށްގެން ފަނޑިޔާރުންގެ މޭ ބޮޑު ކުރެވި ދާނެ ކަމަށް ހީކުރެވެނީ ތޯއްޗެކެވެ. މުޅި ދައުލަތް ފެލައިލައިގެން ނިކުމެ ހުރެ ފައިސާ ބަހައިގެން ގައުމު އޮތް ގޮތްކަން ފަނޑިޔާރުންނަށް ދައްކަން ރުނބާ މުށިން ގައިވީދާނީ އަތުވެދާނެ ޖަލު ހުކުމަކުން ރެކޭށެވެ. ރިޝްވަތު ދީގެން ފަނޑިޔާރުން ހައްލައިލެވޭތޯ ކުރެވޭ މަސައްކަތް ވެސް ހުއްޓާނުލާ ބާރަށް އެބަ ހިނގައެވެ. ދެ އަކުރުގެ އޮޅުމަކުން ކުށްސާބިތު ނުވާ ކަހަލަ ރުގުޔާ ކުޅަ ބަތް ޕާރުސަލްތައް ވެސް އެބަ ހުރެ ކެކެއެވެ.

ގަރަގު ކުރައްވަންދެން ފިރުއައުނު ފަހަތުގައި ވެސް ބަޔަކު ތިއްބެވެ. އެކަމަކު އެއީ މުޅި ގައުމެއް ނޫނެވެ. ސިޔާސީ ޗަރުކޭހެއްގެ ގޮތުގައި ބާއްވާ ފެލައިލާ ޖަލްސާ ފެނިފާ ފަނޑިޔާރުންނަށް ދެކަމު ހާޖަތައް ދެވޭނެއޭ ޔާމީނަށް ހީވާ ކަހަލައެވެ. އިންޑިއާ އައުޓު ކުރުމުގެ އަނދިރި ކެންޕޭން ފާޑަށް ހުކުމް ފެލައިލަން ސީދާ ކޮންނާއި ނުސީދާކޮށް އުންޑަ ކައްކާ ތަވީދު ލިޔެ ނުކުރާ ކަމެއްނެތެވެ.

ރައީސްކަން ކުރީތީ ލައްކަ ލައްކައިން ދައުލަތުން އިނާޔަތް ނަގައިގެން ދައުލަތުގެ ކާރުކޮޅުގައި ވަށައިގެން ހަށިފާރަ ވެރިން ލައިގެން އެ އުޅެނީ ޔާމީނުމެންނެވެ. ވެރިކަމުގެ އަރާމާ އުފާ ޔާމީނުމެނަށް ހޯދައިދޭން ތިން އިރު ހަމަޔަށް ނުކައި ވޭނާ ހޫނުގައި ގަނަ ތެޅެނީ ނިކަމެތި ރައްޔިތު މީހާއެވެ. ވެރިކަމުގެ މަސްތުގައި ގުރުބާން ކުރާ ކަންބަޅި ތަކަށް ފަހުން ވެސް ވާމޮޅެއް ނޯވެއެވެ.  

މި ފަހަރު ވެސް ޔާމީނުގެ ސިހުރުގައި ޖެހިފާ ތިބި މީސްކޮޅު ދޮންކޮށް ލޭ ކައްކުވައިގެން އެ މީހުންގެ އަތުން ފައިން ގޯސް ހައްދަން އެ އުޅެނީ އެހެން ބޭނުމަކު ނޫނެވެ. އަނިޔާ ލިބި ލޮލަށް މިރުސްއެޅި ޖަލުގެ ތޭރިތަކުގެ ފަހަތައް ދާނީ ނިކަމެތި ހަސް ނެތް ސަޕޯޓަރެވެ. ވަގު ހިންޏަކަުން ހީގަނެގެން މަޑު ތަންމަތީގައި އަނބިދަރިންނާއެކު އުފާކޮށް ދައުލަތުން އިނާޔަތް ނަގައިގެން ކާލަކާލާ އިންނާނީ ޔާމީނެވެ. ސަޕޯޓަރުން މޮޔަ ހައްދާ ރުޅި ގަދަކޮށް އަތްފައިން ގޯސް ހައްދަން ފަހަރަކު މީހަކު އަރާ ތިޔަ ޝަރީއަތެއްގެ ވާހަކަ ރާގު ރާގަށް އެ ތާނގާ ނުދެއްކިޔާ މަށަކު ލޮނުލައިގެން ބަތެއް ނުކާނަމެވެ. 

]]>
Sun, 18 Dec 2022 17:12:07 +0500 ހީރަސް
އެ އޮތީ ދެން ގެއްލިފަ ދެއްތޯ: ރައީސް ޔާމީން https://heerasnews.com/808 https://heerasnews.com/808 ވީނުވީއެއް ނޭނގި ގެއްލުވާލުމާ މަރާލާފައިވާ މީހުންނޭ ކިޔަން ޖެހުނީ ވެސް ޔާމީންގެ 5 އަހަރު އެ ބިރުވެރިކަން ހައްދު ފަހަނަ އަޅާ ވަރަށް ބޮޑުވީމައެވެ. އަހްމަދު ރިލްވާން ގެއްލުވާލައިގެން އުޅުނުއިރު ޔާމީން އަތުވި ވަގުތެއްގައި ނޫސްވެރިއަކު އެ ސުވާލު ކުރުމުން އޭގެ ޖަވާބު ހިހޫ ކޮށްލީ ދެއްތޯ ލެވެލް އަށެވެ. މޫނަށް ރުލެއް ވެސް އަރުވާ ނުލާ ބުނީ " އެ އޮތީ ދެން ގެއްލިފަ ދެއްތޯ؟ ފުލުހުން އެ ތަހުގީގު ކުރާނެ ދެއްތޯ" އެވެ.

ރަހުމުގެ ކުލަވެސް ނެތި އެ ޖަރީމާ ހިންގި މީހުންނާ އެއް ތަށިން އެއްބައި ކައި ހީ ސަމާސާކޮށް، ނުވިތާކަށް އެ މީހުން ސީރިއާއަށް ފުރުވާލުމުގެ އަޑީގައި ހުރެގެން ޔާމީން އެޖަވާބު ދިންކަން މި އެނގުނީ ތަހުގީގު ރިޕޯރޓް ނިކުތީމައެވެ. އެ ދުވަހު ފުލުހުންނޭ ބުނިއިރު ފުލުހުންގެ ކަމިޝަރަކަށް ހުރީ ހޭޅި ހުސެން ވަހީދެވެ. އޭނާ  އެ ހުރީ ބޮޑު ގޮހޮޑާ ވާހަކަ ގެނެސްދީ ޔާމީނަށް ޗެނަލް 13 ހިންގައިދޭށެވެ.

މި ދައްކަނީ ދިވެއްސަކު ގުދުކޮށް ބޯބުރިކޮށް ކަނޑު ފެއްތި މީހުންނާ އޭރު ގައުމު ހިންގަން ހުރި މީހާގެ އޮތް ގުޅުމާއި އޭރުގެ ފުލުސް ކޮމިޝަނަރު އިހުމާލުވީ ވާހަކައެވެ.

ޔާމީނު ރައީސް ކަމުގައި ކުރި އިންޑިޔާ ދަތުރަކަށް ފަހު ރާއްޖެ އައިސް އެއަރޕޯޓުގައި ހުރެ ނޫސްވެރިއަކު ކުރި ސުވާލަކަށް ދިން ޖަވާބެއްގައި ރިލްވާނު މަރުވެއްޖެ ކަމަށް ޔާމީނު ބުންޏެވެ. އެ ދުވަހު އެހެން ބުނުމުގެ ކުރިން ރިލްވާނު މަރުވެފައި ވާކަން އެއްވެސް ފަރާތަކުން ކަށަވަރުކޮށް ދީފައެއް ނުވެއެވެ. ރިލްވާނު މަރުވެއްޖެކަން ފުރަތަމަ ކަށަވަރު ކޮންދިން މީހަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީނެވެ. ނޫސްވެރިންގެ ކުރިމަތީގައެވެ. ފުލުހުންގެ ތަހުގީގަށް ސާބިތު ނުވާ ކަމެއް އެންމެ ފުރަތަމަ ޔާމީނަށް ކަށަވަރުވީ ކިހިނެތް ހެއްޔެވެ. އެއްގޮތަކީ ރިލުވާނުގެ މަރާލުމުގައި ޔާމީނުގެ އަތެއް އޮތުމެވެ. ނޫނީ ވިއްޔާ އެކަން ޔާމީނަށް އެނގޭނީ އެ ކަމުގައި އަމަލީ ގޮތުން އުޅުނު މީހުންނާ ގުޅުން އޮވެގެން އެ މީހުންގެ ފުށުންނެވެ. 

ހައްގޭ އިންސާފޭ ރިލްވާނޭ ކިޔަމުން ކޯލިޝަން ހަދައިގެން ތިބި މީހުން އެތިބަ ގޮތް ދެކޭށެވެ. އެތިބީ މި ކަމުގައި މި ލިބުނު ކުރިއެރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ހެޔޮބަހެއް ބުނެފިއްޔާ އަންނަ އިންތިހާބުގައި ތިމާމެންގެ ފާޓު ހަނި ވެދާނެތީ އެއްޗެއް ނުބުނެ ތައްބައްދައިގެންނެވެ. އެ މީހުން އެ ގޮތަށް ތިބޭއިރު ރިލްވާން ކަތިލުމާ އެކި ގޮތް ގޮތުން ގުޅިފައި ތިބި އިދިކޮޅު މީހުން ތިބޭނެ ގޮތް ވިސްނާށެވެ.

ހިތާމައާ އަސަރުން ހިތުގައި ހިލަ ބަނދެގެން ވެސް ރިލްވާންގެ އާއިލާ މި ތަހްގީގު ބަލައިގެންފިއެވެ.

އިންސާނުންގެ ކިބައިގާ ފާޑުފާޑުގެ އަހުލާގު ހުރެއެވެ. އެކަމަކު ދިވެހިންގެ ކިބައިން މި ފެންނަނީ އަދި މުޅިން އެހެން ބާވަތެކެވެ. އެންމެ ރަނގަޅު ކަމަށް ދެއްކިގެން އެންމެ ކުރީ ސަފަށް އަރައިގެން އެންމެ އޮމާންކޮށް ވާހަކަ ދައްކަނީ އެންމެ ނުލަފާ މީހުންނެވެ.

]]>
Sat, 17 Dec 2022 14:59:50 +0500 ހީރަސް
ދުންޔާއަށް: އެމްއެމްޕީއާރުސީ ހުންނަ ކަންވެސް ނޭނގޭނެ! https://heerasnews.com/800 https://heerasnews.com/800 ދުންޔާ މައުމޫނަކީ ދައުލަތުގެ ހަތަރު އަނާއެއްގައި ވެސް ޖެހިވަޑައިގެން ބޭފުޅެއް ނޫނެވެ. ދައުލަތުގެ ލޯލާރިއެއްގައި ވެސް އެކަނާފާނު ޖެހެވަޑައި ގަންނަވަން ވީ އެއްވެސް ސަބަބެއް ނެތެވެ. މަނިޓަރީ އޮތޯރިޓީއަކީ ކުޑަ އިރުއްސުރެ ވެސް ބައްޕާފުޅުގެ ވޮލެޓެވެ. އެއަރމޯލްޑިވްސްގެ ފްލައިޓް ތަކަށް އޭރު ތެޔޮ އަޅަނީ ވެސް މަންމާފުޅުގެ ކޭޝް ކާޑުންނެވެ. ފިރިކަލުންނަކީ ރާއްޖޭގެ އެންމެ މުއްސަނދި ޓައިކޫނުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

ބައްޕާފުޅާ ބޮޑުބޭބޭ ފުޅުންނަކީ ދައުލަތުގެ ފައިސާއެއް ދުވަހަކު ދެކިވަޑައިގެން ބޭފުޅުންނެއް ނޫނެވެ. އެބޭބޭފުޅުންނަކީ ނުލާހިކު ފައިސާ ހިތި ބޭފުޅުންނެވެ. ޔާމީނެއް އިލްޔާސެއް ހަމީދެއް އައްބާހެއް ކިޔާނެކަމެއް ނެތްތާއެވެ. މިއިން ކޮންމެ ބޭފުޅަކާއެކު ފައިސާ ލަވަ ކިޔާލަ ކިޔާލާ ހުރީ އެބޭފުޅުން ބޭނުންފުޅު ވެވަޑައިގެނެއްނޫނެވެ. އޭޓީއޭ އާއި އެފްޕީއައިޑީއާއި އެމްއީބީއާއި އެއަރމޯލްޑިވްސްއާއި އެމްއެސްއެލްއާއި ބަނގުރޫޓްވީ އެބޭބޭފުޅުން ލާރިއެއް ފަރިއްނުކުޅުވާތީއެވެ.

އެމްއެމްޕީއާރުސީއެއް ކަމަކު ވާނީ އެހެންތާއެވެ. ވެރިކަމުގައި ހުންނެވީ ޔާމީނެވެ. ދުންޔާ ހުންނެވީ ހަރިޖިއްޔާ ހިންގަވާށެވެ. އެއިއްޔަކީ އެމްއެމްޕީއާރުސީން ބޭރުފަރާތް ތަކާއެކު ހެދިހާ ވަގުޑީލެއްގެ އެއްވެސް މައުލޫމާތެއް އެނގޭވަރުގެ މަގާމެއް ނޫންތާއެވެ. އެމްއެމްޕީއާރުސީއަކީ އޮންނަތަނެއް ކަމެއްވެސް ދުންޔާ މައުމޫނަކަށް އެނގި ވަޑައެއް ނުގަންނަވާނެއެވެ.

ސިޔާސީ މަގާމު ތަކުގައި ތިއްބަވައިގެން މިލިޔަން މިލިޔަނުން ފަރީއްކުޅުއްވައިގެން ތިއްބެވިޔަސް އެއީ އެވަރުކަމެއް ހެއްޔެވެ. އެއިން އެއްވެސް ބޭފުޅަކު ހިންގުމުން ބޭރުގައި ތިއްބަވަނިކޮށް ފަސާދައިގެ ތުހުމަތެއްގެ މައްސަލަ ބެލުން ވާނީ ދެވޭ ސިޔާސީ ހަމަލާއަކަށެވެ. އެ ބެބޭފުޅުންނަކީ ކުށެއް ބުށެއް ހަޔާތުގައި ވެސް ކުރެއްވި ބޭފުޅުންނެއް ނޫން ވިއްޔާއެވެ.

ތުހުމަތު ކުރެވޭ ފަސާދައިގެ މައްސާލައެއްގައި ދުންޔާ މައުމުނާ އޭސީސީއެއް ކަމަކު ސުވާލެއް ވެސް ކޮށްލައިގެން ނުވާނެއެވެ. އެކަނމަނާ މެންނަކީ ތިޔަ ހީކުރާ ކަހަލަ ކޮރަޕްޓު ބޭފުޅުންނެއް ނޫނެވެ. 2013 އިން 2018 އަށް ވެރިކަމުގައި ހުންނެވީ ބޮޑު ބޭބޭފުޅު ޔާމީނު ކަމުގައި ވިޔަސް އެ މުއްދަތުގައި އެމްއެމްޕީއާރުސީއަށް އަތް ބާނައިގެން އެތަން ދަވާލީ އެމްޑީޕީ ނޫންހެއްޔެވެ. ޔާމީނާ ދުންޔާމެން އެކަމުގައި ކުރި އެއްވެސް ކަމެއް ނެތެއްނުން ހެއްޔެވެ.

އަޑަށް ބަރުލައްވާފައި ޔާމީނު އެ ދައްކަވަނީ އެ ވާހަކައެވެ. ފަނޑިޔާރުގޭ ބެންޗު ކުޑަކުރާށާއި ފ.އަތޮޅު ވިއްކާލާ ބިލުފާސްކުރާށާއި އަދީބު ނައިބުރައީސް ކަމަށް ގެންނަން ރިޝްވަތު ދިނީވެސް ރިޝްވަތު ހިފީވެސް އެމްޑީޕީން ނޫން ހެއްޔެވެ. ގައުމުގެ މާލިއްޔާގެ ތަޅުދަނޑި އޭރުވެސް އޮތީ އެމްޑީޕީ އަތުގައި ނޫންހެއްޔެވެ. ފަނޑިޔާރުން އުލުބައިންދާ މައުމޫނު ކުޑަގޮޅިއަށްލާ ސްޕްރީމް ކޯޓުން ޓިނު ނެގީ ވެސް އެމްޑީޕީ ތާއެވެ. ޝައިހު އިމްރާނާއި ނަޝީދާ ގާސިމް ހައްޔަރު ކުރީވެސް އެމްޑީޕީއެވެ. ކާނަލް ނާޒިމު ފުރޭމްކޮށް ޖަލަށްލާ ހިބަޅިދޫ ބޭރަށް ބަޑިފެއްތީ ވެސް އެމްޑީޕީއެވެ.

ފެށުނީއްސުރެ ވައްކަމާއި ހިޔާނާތާއި ވެރިކަމުގައި ބަގުޑި ބެއްދުމުގައި ހޭކެނޑިފައި ތިބި ބަޔަކު ކުށެއް ނުކުރާ މައުސޫމު ބަޔަކަށް ހެދެން ބޮޑެތި ކަރާ ނުފަޅާށެވެ. ލައްކަ އޮށް ބުރައެވެ. މީހުން ތެރެއަށް ނިކުމެ އަނގަ ދިޔާކުރާއިރު ދުންޔާމެން ލަދެއް ހަޔާތެއް ނެތެވެ. ދުންޔާމެން ދައްކާ އެއްވެސް ވާހަކައެއް މީހުން ގަބޫލު ނުކުރާކަންނޭނގޭ ވަރަށް ބުރާންތި ވީމާ ދެރައެވެ. ބޮލަށް ބޭސް ކުރުން ނޫން އެހެން ކަމެއް ދެން ކުރާކަށް ދުންޔާ މެންނަކަށް ނެތެވެ.

]]>
Wed, 14 Dec 2022 18:57:14 +0500 ހީރަސް
ޔާމީނުގެ ވަގުބުޅާ ސީރީސް & އާރަށް އެޕިސޯޑް https://heerasnews.com/766 https://heerasnews.com/766 ކުރީގެ ރައީސް ޔާމީނު ފުރޭމްކޮށްގެން ހައްޔަރު ކުރަން އުޅޭ ކަމަށް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުން ބުނުމަކުން ހައިރާނެއް ނުވެއެވެ. ޒަާތީ ބޭނުމެއްގައި ވެސް ފުރޭމްކޮށްގެން ހައްޔަރު ކުރަން ޖެހޭނީ ކުށެއް ނުކުރާ މައުސޫމެއް ނަމަތާއެވެ. ކުރީގެ ރައީސް ޔާމީނަކީ ފުރޭމް ކޮށްގެން ހައްޔަރު ކުރަން ޖެހޭ ވަރަށް ވުރެ ބޮޑު މުޖރިމެކެވެ. ޔާމީނު ހައްޔަރު ކުރަން އޯޑިއޯ އާއި ވީޑިއޯ ހަދައިގެން ހެކި އުފެއްދުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ހެކި އުފައްދައިގެން ހެކިދޭ ވަރަށް ވުރެ ޔާމީނާ ދެކޮޅަށް ހުރި ހެކި މާގިނައެވެ.  ކުރީގެ ރައީސް ޔާމީނަކީ ބޮޑު މުޖުރިމެއް ކަމަށް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް އެތައް ހެއްކެއްވަނީ ދެއްވާފައެވެ. ޖަމީލުގެ ހެކިބަސް ތަކަކީ ފެންނަން އޮތް ހަގީގަތެވެ.

ޑރ. ޖަމީލް އޮތީ ޔާމީނަކީ ވަގު ބުޅަލެއް ކަމަށް ވެސް ވިދާޅުވެފައެވެ. ކުރީގެ ރައީސް ޔާމީނަކީ މުޖުރިމެއް ކަން ގަބޫލު ކުރުވަން ޖަމީލު ދެއްކެވި ވާހަކަ ތަކުގެ ތެރޭގައި ރައީސް ޔާމީނަކީ އެއްވެސް ވަރަކަށް ޝުކުރުވެރިވުން ނެތް ބޭފުޅެއް ކަމަށާއި ތާއީދެއް ވެސް ނެތް ރައީސެއް ކަމަށް ސިފަ ކުރައްވާފައި ވެއެވެ. އަނެއް ކޮޅުން މުޅި މުޖުތަމައުގެ އަހުލާގު ގަޑުބަޑު ކުރެއްވި ބޭފުޅަކީ ޔާމީނު ކަމަށް ޖަމީލު ވިދާޅުވިއެވެ. ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރާ " ބޮޑު ވަގެއް" ކަމަށް ވެސް ވިދާޅުވީ ޖަމީލެވެ.

އަފިހުން ދީގެން ޒުވާނުން ހަމަޖައްސަން ޖެހޭ ވާހަކައާއި، ހަށިވިއްކާ އަންހެނުން ގެންގުޅެން ޖެހޭ ވާހަކައާއި، މާތް ﷲ އަށް ނިސްބަތްކޮށް ޔާމީނު ކުފުރުގެ ވާހަކަފުޅުތައް ދައްކަވާ ކަމަށް ވިދާޅުވީ ވެސް ޖަމީލެވެ.  މަގާމާއި ދުސްތޫރީ ޒިންމާއަށް ބެލުމެއް ނެތި މާލެއިން ޔާމީނު ތަންތަން ބައްލަވައި ގަންނަމުން ދިޔަ ކަމަށް ވިދާޅުވީ ވެސް ޖަމީލެވެ.

ޖަމީލު ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ޔާމީނަކީ ދައުލަތް ހަނާކޮށްލުމަށް ފޫގަޅައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ އެއްވެސް އިހުލާސްތެރި ކަމެއް ނެތް މަކަރުވެރިއެއްގެ ގޮތުގައި ޑރ. ޖަމީލް ވަނީ ރައީސް ޔާމީން ސިފަ ކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީނުގެ އަނބިކަނބަލުން ސަރުކާރުގެ ވުޒާރާ ތަކާއި، ސަރުކާރުގެ ކުންފުނި ތަކާއި، ސަރުކާރުގެ ވިޔަފާރި ތަކަށް އަތް ބާނުއްވައި، މުޅި ނިޒާމު ތަގައްޔަރު ކުރެއްވި ކަމަށް ވިދާޅުވީ ވެސް ޖަމީލެވެ.

ކުރީގެ ރައީސް ޔާމީނަކީ ފިނޑި ބޭފުޅެއް ގޮތުގައި ސިފަ ކުރައްވަމުން ޖަމީލު ވިދާޅުވެފައި ވަނީ ޔާމީނަކީ ފެން ނެތް ބޮޑެތި ކާށި ބިންނަ ބޭފުޅެއް ކަމަށެވެ. އެންމެ ފަހުން ރައީސް ޔާމީނަކީ ވަލު ދޮރާށިން ވަދެވަޑައިގެން، ވަގު ބުޅާ މަސްގަނޑު ޖަހައިގަންނަ އުސޫލުން ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށް ޖަމީލު އޮތީ ވިދާޅުވެފައެވެ.

ޔާމީނަކީ އަޑުގަދަ މީހާގެ ރުށް ގިނަވާނެ އޭ ބުނާ ބަހަށް އަމަލު ކުރައްވާ އަންޒަމާނު ކަރައިގެ ބޭފުޅެއް ކަމަށާއި "އަންދާ ގާނޫނު" ގައިވާ ގޮތް ނޫން ގޮތަކަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުވީ ވެސް ޑރ. ޖަމީލެވެ.

ޑރ. ޖަމީލު ކަހަލަ ފާސިގު ވަކީލުން ދިފާއީ ވަކީލުން ގޮތުގައި ލައިގެން ދިފާއު ވާން އުޅޭ މީހަކީ ވެސް މޮޔައެކެވެ. ވަކީލުންގެ ކަރާމަތާއި އިތުބާރު މީހުންގެ ކުރިމަތީގައި ގެއްލި ވަކީލުންނަކީ މުޖުރިމުންގެ ގޮތުގައި ސިފަ ވަނީ ޖަމީލުމެން ކަހަލަ މުނާފިގުންގެ ސަބަބުންނެވެ. ދެން އެންމެ ރަނގަޅެވެ. ޖަމީލު ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރާ " ޔާމީނުގެ ވަގުބުޅާ ސީރީސް - ވޮޑުމުލާ އެޕިސޯޑް" ނިމުނީ ބަތް ޕާރުސަލުންނެވެ. "ޔާމީނުގެ ވަގުބުޅާ ސީރީސް - އާރަށް އެޕިސޯޑް" ނިމޭ ގޮތް ބަލަން ތިބެމާ ހިނގާށެވެ  

]]>
Sun, 04 Dec 2022 15:16:00 +0500 ހީރަސް
ބަތްޕާރުސަލުގެ ދިފާއުގައި އިދިކޮޅުން ބަބުރަށް އެރުން. https://heerasnews.com/763 https://heerasnews.com/763 ގުރްއާނާ ބެހޭ މަރުކަޒުގެ ބޮޑަކަށް އުޅުއްވި އަޒީބެއަކީ ޔާމީނާ ކިތަންމެ އަރިސް ބޭފުޅަކަށް ވިޔަސް އެއީ ބަޔަކާ ބެހޭ ކަމެއް ނޫނެވެ. 

ޔާމީން މިނިވަން ކުރި ސުޕްރީމް ކޯޓްގެ ބެންޗްގެ އިސް ފަނޑިޔާރަކަށް އަޒީބެގެ ދަނބި ދަރިޔަކު އިނުމަކީ މުޅިން އެހެން އިއްތިފާގެކެވެ. ޔާމީން މިނިވަން ވެފައި އެހުރީ އެންމެ ފަނޑިޔާރެއްގެ ރައުޔަކުން ވެސް ނޫނެވެ. 

ހައްޖު ގްރޫޕާއި ރެސްޓޯރެންޓް ހިންގާ ބަފައެއްގެ ދަނބި ކޮޔަށް ބަތްޕާރުސަލެއް ދިއްކޮށްލިއްޔާ އެއީ އެވަރުގެ ކަމެއް ހެއްޔެވެ؟

ރަށު މަދަރުސާ މުދައްރިސަކަށް ހުއްޓާ އެންދެރިމާގޭ ބޭފުޅުންނަށް ރުގުޔާ ހަދާދީގެން މަތީ މަގާމެއް މައުމޫނު ދެއްވިޔަސް އެއީ ގޯހެއް ނޫންތާއެވެ. އެންދެރިމާގޭ ބޭފުޅުން ކުރިމަތީ މާބޮޑަށް މަގުބޫލުވެ ޒައީގްރޫޕުން ހައްޖަށް މީހުން ގެންދަން އުޅެފައި ޒަމްޒަމް ގްރޫޕު ހެއްޖަކަސް އެއީ އެވަރުކަމެއް ނޫންތާއެވެ. މައުމޫނުގެ ކަންވެރިކަމުގެ ތެރެއިން ޔާމީނަށް ތައާރަފުވެ ޔާމީނަށް ވެރިކަމަށް އާދެވުމުގައި އަޒީބެގެ ރުގުޔާއިން އަސަރެއް ކުރުމާ ނުކުރުން އެއީ މުޅިން އެހެން ކަމެއްތާއެވެ. ރަނގަޅު ހަދިޔާއަކަށް އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުން އަޒީބެއަށް ކަންފުޅެއް ވެފައި އޮތް ކަމެއް އެނގެނީއެއް ވެސް ނޫނެވެ. އަޒީބެއަށް ހުރިހާ މޮޅެއް ލިބުނީ ޔާމީންގެ ވެރިކަމުގައި ކަމަށް ވިޔަސް އެއީ ބަޔަކު ތުންފިތެން ޖެހޭ ކަމެއް ނޫނެވެ.

އަޒީބެއާ ޔާމީނު ނުލާހިކު ގާތެވެ. ޔާމީނަކީ އެކައުންޓް ފުރި ބަންޑުންވާ ވަރަށް ބޯކޮށް ރުފިޔާ އޮތް މީހެކެވެ. ވެރިޔަކަށް ހުންނަ މީހަކު ކަންކަމާ ގާތް ކުރާނީ އޭނާއަށް އިތުބާރު ހިފޭ ގާތް މީހުންނެވެ. މަގާމެއް ނުވަތަ އަމިއްލަ ކަމެއް ވެސް ހަވާލު ކުރެވޭނީ އެވަރުގެ މީހަކަށެވެ.

ދެ އަކުރު އޮޅިގެން ޖަލު ހުކުމުން ޔާމީން ސަލާމަތް ކުރީ އަޒީބެ އަޑީގައި ހުރެގެން ކަމަށް ބުނެވޭނެ ހެތްކެއް ނުދެއްކެއެވެ. ހެކި ފެންނާނީ ވެސް ބަލައިގަންނަން ތިބި ބަޔަކަށެވެ. ކޮންމެ ގޮތެއް ވިޔަސް އަޒީބެއާ ޔާމީނަކީ ގާތް މީހުން ނޫން ކަމަކަށް ނުހެދޭނެއެވެ. އަދި އަޒީބެގެ ދަރިންނަކީ ދަރިން ނޫން ކަމަކަށް ވެސް ނުހެދޭނެ އެވެ. ޔާމީން ސަލާމަތް ވީމަ ހިތާމަ ކުރާ މީހުން ތިބޭ ގޮތަށް އެކަމާ އުފާ ކުރާ މީހަކަށް އަޒީބެ ވާނެއެވެ. އުފާވާ ކަމެއް ވިޔަސް ސުޕްރީމް ކޯޓަށް ބަތްޕާރުސަލް ފޮނުވޭނީ އެވަރުގެ މީހަކަށެވެ. އަޒީބެއާ ފަނޑިޔާރުގެ އޮތް ޢާއިލީ ގުޅުމަކީ ބަތް ޕާރުސަލަކާ އެޅުވޭ ވަރަށްވުރެ ގާތް ގުޅުމެކެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރެއް ވީމާ އެ ދުވަހުގެ އެ ޕާރުސަލަކީ ސުލޫކީ ޕާރުސަލެއްތޯ ނޫންތޯ އަހާ ސުވާލު ކޮށްލުމަކީ ޖޭއެސްސީއަށް ވެސް ނުކުރެވޭނެ ކަމެކެވެ.

ތިންނާޅި ބަނޑު ހަނޑުލަށް ވުރެ އަނބި ފިރިކަމުގެ ބާރު ގަދަކަން ސްޕްރީމް ކޯޓަށް ފައިނަގާ އުޅެ ނުލިބުނު ކަނބަލުންނަށް ވެސް ނޭގެނީތާއެވެ.

ހުރިހާ ކަމެއްވެސް ރަނގަޅެވެ. އަޅައިގަނެގެން މި އުޅެނީ އެހެން ކަމެއްގައެވެ. ޖޭއެސްސީން ސުވާލު ކުރުމާ ގުޅިގެން ޔާމީން ސަލާމަތް ކުރި ބެންޗްގެ އިސް ފަނޑިޔާރާ، އެ ފޮނުވި ބަތް ޕާރުސަލު ފޮނުވި ފަނޑިޔާރުގެ ބަފާބެގެ ދިފާޢުގައި އިދިކޮޅަށް ވަފާތެރި މީހުން މި އޮއްވާން ފެށި ވަޖިދަކުންނެވެ.

އެންމެން އެތިބީ އޭގެ ދިފާއުގައި ބަބުރަށް އަރާ ކަށިމަތި އަޅައިގެން ނުކުމެއެވެ. މިހާރު ހިތަށް އަރަނީ ތިޔަ ބަތް ޕާރުސަލުގެ މައްސަލަ  ބަލަން ޖެހެނީ ނިކަން ރަނގަޅަށެވެ. ކުކުޅު ފައި ލުމަށްފަހު އޭގައި އޮންނަން ޖެހޭ ސުލޫކު ނެތި ރުގުޔާ ކުރެވިގެން ފޮނުވި ޕާރުސަލެއްތޯ ހަމަ ރަނގަޅަށް ވެސް ބަލާން އެބަ ޖެހެއޭ މިހާރު އެބަ ހީވެއެވެ.

]]>
Sat, 03 Dec 2022 18:25:04 +0500 ހީރަސް
ހަނދާން ނުނެތޭނެ ފަސާދައާއި އަނިޔާގެ ހަތް އަހަރު https://heerasnews.com/759 https://heerasnews.com/759 ވޭތުވެދިޔަ ހަތަރު އަހަރުގެ ކުރިން މުޅި ދައުލަތް އޮތީ ހީރަސް ކެނޑިފައި އޮތް ފޮތެއް ހެނެވެ. ގައުމު މިހާލަތަށް ބަޔަކު މީހުން ގަސްދުގައި ވައްޓާލީ މިއަދަކު ނޫނެވެ. މިހާރު މި އޮތް ވެރިކަން ފެށުމުގެ ކުރިން ހިނގި ހަތް އަހަރަކީ ރާއްޖޭގައި ފަސާދައާއި އަނިޔާވެރިކަން ނިހާޔަތަށް ބޮޑު ހަތް އަހަރެވެ. އޭރު ޖެހުނު ތާކުން ޖެހުނު މީހަކު ދައުލަތް ލޫޓުވަނީއެވެ. މުއައްޒަފަކަށް ވަޒީފާގެ ރައްކާތެރި ކަމެއް ނެތެވެ. ސިޔާސީ ބޭނުމުގައި ގުރުބާން ނުކުރާ އެއްކަމެއް ނެތެވެ. އަނެއް ކޮޅުން ދައުލަތުގެ ހުރިއްޔާ ހުރި އެސެޓެއްގައި ވިޔާފާރިކޮށް ބޭނުންކޮށް ބައިއަޅައިގެން ކައިހުސްކޮށް އޮތީ ނިންމާފައެވެ.

ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އޮތް ރީތިނަން ވެއްޔާ މޮޑެލާފައެވެ. ދުނިޔޭގެ އެތައް ބަޔަކާ ގުޅުން ކަނޑާލާފައެވެ. އިސްލާމީ ބައެއް ގައުމުތަކާއި ސިޔާސީ އަހުވަންތަ ގުޅުން ރަސްމީކޮށް ކަޑާލާފައެވެ. އެކުވެރި އެހީތެރި އެތައް ގައުމެއް ހިމެނޭ ކޮމަންވެލްތާއި ގުޅުންކަޑާފައެވެ. ޔޫރަޕިއަން ޔުނިއަނާއި އެމެރިކާއާއި އެކުގައި އޮތް ބަދަހި ގުޅުން ހީނަރުވެ އެކަހެރިވެފައެވެ. އެހެން ބައެއްގެ އެހީތެރިކަން ނުލިބޭ ވަރަށް ރާއްޖެ އޮތީ ބާކީ ވެފައެވެ.

ސިޔާސީ ފިކުރު ތަފާތު އެންމެންގެހެން ދިރިއުޅުން ދަތިކޮށްފައެވެ. ސިޔާސީ ވާދަވެރިން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ގައިދުކޮށްފައެވެ. ޖަލުގެ އަނިޔާ އާދައިގެ ކަމަކަށްވެ އެތައް ބައެއްގެ ފުރާނަ އުދުއްސާލާފައެވެ. ރިސްވަތާ ފަސާދައިން ކޯޓުތައް ތަގައްޔަރު ކޮށްފައެވެ. މަގުތައް ނާމާންވެ ސަލާމަތުން އެބުރި ގެއަށް ވަދެވޭނެކަމުގެ ޔަގީންކަށް ރައްޔިތު މީހާއާށް ގެއްލުވާލާފައެވެ. މީހުންމެރުމާއި ޑްރަގުއާއްމު ކުރުވާފައެވެ. ކޯޓުތަކުގެ ބާރު ކަނޑުވަލާ އިންސާފު ހޯދާދޭ ބަޔަކީ ގޭންގުތައް ކަމުގައި ހަދާފައެވެ.

މާާލެ ތޮއްޖައްސާ ގިނަ ރަށްތަކެއް ފަޅުކޮށްލުމުގެ ސިޔާސަތު ކުރިއަށް ނެރެފައެވެ. ދަރަނިވެރި މެގަ ޕްރޮޖެކްޓްތަކެއް ހިންގާ މުޅިދައުލަތުގެ މުސްތަގުބަލު އެކީއެކައްޗަކަށް މޯގޭޖު ކޮށްފައެވެ. ދަރަނި އަދާކުރުމަށް ދަރަނިވެރިވުން ފަހުން އަންނަ ބަޔަކަށް މަޖުބޫރު ކުރުވާފައެވެ. ދަރިންގެ ދަރިންގެ މިނިމިންޏަށް ބޯނުހިކޭވަރު ކޮށްލާފައެވެ. ދަރނިވެރި ލޯނުތަކުގެ ބޮޑުބައެއް ބަޔަކު މީހުން ދިރުވާލައި ހަޖަމްކޮށް ނަޖިހަށް ހަދާފައެވެ.

ނުކުރާ އެތައްކަމެއް ކުރިކަމަށް ހަދާ ބިލިޔަން ބިލިޔަނުން ޖީބުތަކަށް ގަންބާ ފުރާފައެވެ. ހަމައެއް ލަމައެއްނެތި އިންސާނީ ވަގުފާރި އާއްމުކޮށްފައެވެ. ވިސާއެއް ޕާސްޕޯޓެއް ނެތި ބިދޭސީން ބޭނުންހާ ގޮތަކަށް އުޅުމަށް ދޫކޮށްލާ އާއްމު ކުދި ވިޔަފާރިތައް ބިދޭސީ ލޭބަރުންގެ އަތްމައްޗަށް ފޮރޮޅާލަ ދީފައެވެ.

ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮއެ އުޅެނީ ނަޖިސް ފެނެވެ. ލަފާފުރޭނެ ފަދައެއް ނެތިފައި ސަތޭކައަށް ވުރެ ގިނަރަށް އޮތެވެ. ފަޅެއް އޮތްނަމަ ބޭރުތޮއްޓާއި އެއްގަމުވާޓަރު ވެއްޓި ވީރާނާވެފައެވެ. ރަށްގިރުމުގެ ނުރައްކާތެރިކަން ގިނަ ރަށްރަށަށް ކުރިމަތިވެ ތިބީ ގޮތް ހުސްވެފައެވެ. ނަރުދަމާއާއި ސާފުބޯފެނުން ގިނަ ރައްޔަތުން ތިބީ މަހުރޫމުވެފައެވެ. ކަރަންޓްކެޑި ކަނު އަދިރީގައި ތިބެން ޖެހުމަކީ ގިނަ ރަށްރަށުގައި އާއްމުކަމެކެވެ. ކަރަންޓުލިބުނަސް ލިބެނީ ބަލިމީހަކަށް އައިވީ ދޭ ބީދައިންނެވެ. ސިއްހީ މަރުކަޒުތައް ހުންނަނީ ނަމެއްގައެވެ. ފަރުވާދޭނެ އާލާތް ހުރިއްޔާ ޑޮކްޓަރެއް ނުހުރެއެވެ. ޑޮކްޓަރަކު ހުރިއްޔާ އާލަތެއް ނުހުރެއެވެ.

މިހާރު އެހެންތޯއެވެ. ރައީސް ސާލިހު ދައުލަތް ހިންގެވުމުގައި ހާދަހާ ހިކުމަތްތެރިއެވެ. ހާދަކެއްތެރިއެވެ. ހާދަ ދުރުވިސްނަވައެވެ. ތަފާތު ސިޔާސީ ވާދަވެރިން ބައިވެރި ކުރައްވައިގެން ސަރުކާރު ހިންގަވަމުން އެގެންދަވަނީ ފިސާރި މޮޅަށެވެ. ސިޔާސީ ފިކުރު ތަފާތު ވުމަކީ އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނޫންކަން އެގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ. އިންސާނީ ހައްގާއި ގައުމީ ކަރާމާތް ނަގަހައްޓަވާ ދަމަ ހައްޓަވަމުން އެގެންދަވަނީ އަޖައިބެއްހާ މޮޅަށެވެ. 

]]>
Fri, 02 Dec 2022 11:42:57 +0500 ހީރަސް
ބަދަލުދޭން ޖެހުނު ސަބަބު މެދުވެރިކުރުވި ފަރާތަށް އޮތީ ކޮންގޮތެއް https://heerasnews.com/751 https://heerasnews.com/751 ހަމަ ޖެހިފައި އޮންނަ އުސޫލެއްގެ ތެރެއިން ގެއްލުމުގެ ބަދަލު ހަމަޖައްސައިދިނުން ނުވަތަ ގެއްލުމުގެ ބަދަލު ދިނުމަކީ ވަރަށްވެސް ބޭނުންތެރި މުހިންމު ކަމެކެވެ. ކުރެވޭ މުއާމަލާތުގެ އިތުބާރު ބޮޑުވެގެން ދާނެކަމެކެވެ. ދެފަރާތުގެ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ކަމެކެވެ.

ގެއްލުމުގެ ބަދަލު ދިނުމުގައި ލިޔެ ބަޔާންވެފައި އުސޫލެއް އޮތުމުން ދެފަރާތަށް ލިބޭ ގެއްލުން ކުޑަ ވެގެންދާނެއެވެ. ގާނޫނާއި، ގަވާއިދާއި، އާންމުކޮށް އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ހަމަހަމަކަމެއް އިންސާފުވެރިކަމެއް ނެތި، ވަކި ފަރާތަކަށް އަމާޒުކޮށްގެން ގަސްދުގައި ކުރެވޭ ނޭއްގާނި ކަންކަން ކުރުމުގެ މަގު ބޮޑުތަނުން ހަނިކޮށް ލެވޭނެއެވެ. އުސޫލުން ބޭރުން ވަކިގޮތަކަށް އަމަލުކޮށްގެން ގެއްލޭ ފުރުސަތުތަކާއި މާލީ ގެއްލުމަށް އަދުލުވެރިކަމާއި ހާމަކަމާއެކު ދައުލަތުން އުފުލަންޖެހޭ ޒިންމާ ދައުލަތުން އުފުލާނެކަން ކަށަވަރު ވެގެން ދާނެއެވެ. ހަމަ އެހެންމެ އުފުލަންޖެހޭ މާލީ ބުރަ ކުޑަކުރުމަށް ބަދަލު ދިނުމުގެ އުސޫލެއް ގާއިމުކުރެވިފައި އޮތުމުގެ މުހިންމުކަން ވަކީން ބޮޑެވެ.

އެއްބަސް ވުމެއްގައި ވަކި މުއްދަތެއްގައި ވަކިގޮތަކަށް ކުރަން ބަޔާންކުރެވިފައި ހުންނަ ކަންކަން އެގޮތަކަށް ނުކުރުމުން އިންތިހާ ދަރަޖައިގެ ގެއްލުން ލިބެނީ މަދެއްކޮށް ނޫނެވެ. ވަކިފަރާތަކަށް ކަމެއް ވިޔަ ނުދިނުމަށް ނުވަތަ ދަތިކުރުމަށް އަމާޒުކޮށްގެން އެއްބަސްވުމާ ހިލާފުވުމަކީ އާދައިގެ ކަމަކަށް މުޖުތަމައުގައިވަނީ ވެފައެވެ. އަމްދުން އާރާ ބާރުގައި ތިބެ ކުރެވެން ހުންނަކަންކަން ގަސްތުގައި ވަކިފަރާތަކަށް އަމާޒުކޮށް ކޮށްނުދިނުމާ ލަސްކޮށް ފަސްކުރުމަކީ އާއްމު ގޮތެއްގައި ހިނގާކަންކަމެވެ. އެފަދަ ކަންކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުމާދެރަ ލިބޭ ފަރާތްތައް އިންތިހާއަށް ގިނައެވެ. އެކަންކަމަށް ހައްލު ހޯދާ ދިނުމުގެ ގޮތުން ބަދަލު ދިނުމުގެ އުސޫލެއް ގާއިމުކޮށް ތަންފީޒު ކުރުމަކީ ގަސްތުގައި ހިންގާ ނޭއްގާނި ކަންކަމުން އަރައިގަތުމަށް ކޮށުނު އަލި މަގެކެވެ.

ދައުލަތުން ބަދަލު ދިނުމުގެ އުސޫލެއް ގާއިމުކޮށް ހިންގަން ފަށާއިރު ސަބަބު މެދުވެރި ކުރުވި ފަރާތްތައް ޒިންމާދާރު ކުރުވުމުގެ ވާހަކަ ވެސް ދައްކަން ޖެހެއެވެ. ދައުލަތުން ގެއްލުމުގެ ބަދަލެއް ދޭން ޖެހޭނީ ދައުލަތުގެ ޒިންމާއެއް އަދާކުރުމާ ހަވާލުވެ ހުރި މީހަކު ގަސްދުގައި ކުރި ކަމެއް ނުވަތަ އިހުމާލެއްގެ ސަބަބުންނެވެ. ދައުލަތުން ގެއްލުމަކަށް ބަދަލެއް ދޭން ޖެހިއްޖެ ނަމަ އެ ކަމެއްގައި ސާމިލުވާ މީހަކު ނުވަތަ ބަޔަކު އެ މީހެއްގެ ސަބަބުން ދައުލަތަށް ލިބޭ ކޮންމެ ގެއްލުމެއްގައި ޒިންމާ އުފުލަން ނުޖެހޭ ނަމަ ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކުރަމުން ދާނެއެވެ. ގެއްލުމުގެ ބަދަލު ދިނުމުގެ އުސޫލެއް އޮތުމުގެ އެއްވެސް ބޭނުމެއް ނުއޮންނާނެއެވެ. ދައުލަތުން ގެއްލުމުގެ ބަދަލުދޭ އުސޫލެއް އޮންނަން ޖެހޭފަދައިން ބަދަލު ދޭން ޖެހުނު ސަބަބު މެދުވެރިކުރި ފަރާތްތަކުން އަމަލުކުރިގޮތުން ދައުލަތަށް ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދޭނެ އުސޫލެއް ވެސް އޮންނަން ޖެހެއެވެ.

]]>
Tue, 29 Nov 2022 12:39:35 +0500 ހީރަސް
ޖަމީލު އަދިވެސް ގަބޫލުކުރަނީ ޔާމީނަކީ ވަގެއް ކަމަށް! https://heerasnews.com/717 https://heerasnews.com/717 އަނެއްކާ އަނެއް ވާހަކައެވެ. ވ. އާރަށް ޔޫސުފް ނައީމްމެނަށް ދޭކަށް ޔާމީނު އެންޑޯސެއް ނުކުރެއެވެ. ޔާމީނު އެންޑޯސްކުރީ ވ. އާރަށް ދައްކައިގެން ޔޫސުފް ނައީމް އަތުން ރިޝްވަތު ނަގާށެވެ. ޔާމީނު އެންޑޯސްކުރީ ފަސްމިލިއަން ޑޮލަރަށް އަގުކީ ރަށް  ޔާމީނަށް އެއް މިލިޔަން ޑޮލަރު ދިނުމުން ދެމިލިޔަން ޑޮލަރަށް ޑީލު ނިންމާށެވެ.

ޑީލް އެންޑޯސްކުރާ ނޯޓުގައި ފާހަގަ ނުޖަހާ އޮތީ ޔާމީނަށް ބައެއް ނާޅާ ހަމައެކަނި ދައުލަތަށް ފަސް މިލިޔަން ޑޮލަރު ލިބޭ ގޮތަށް ވ. އާރަށް ޔޫސުފް ނައީމް މެނަށް ދޭން ޔާމީނަށް ނުފެންނާތީއެވެ. އެ ހިސާބުން ޖުމްލަ އަގު ތިން މިލިޔަން ޑޮލަރަށް ތިރިކޮށް އެއްމިލިޔަން ޔާމީނަށް އަނެއް ދެ މިލިޔަން އެމްއެމްޕީއާރުސީއަށް ޖަމާކުރާ ގޮތަށް ޔޫސުފް ނައީމުމެންނާ ޑީލް ފައިނަލް ކުރީއެވެ. ޔޫސުފް ނައީމް އަތުން ގަތްކަމަށް ޔާމީނު ބުނާ އެއް މިލިޔަން ޑޮލަރަކީ ވ. އާރަށު ޑީލުގެ އަގު ޖުމްލަ ތިން މިލޔަން ޑޮލަރަށް ތިރިކޮށް އޭގެން ޔާމީނަށް ދޭން އެއްބަސްވި އެއް މިލިޔަން ޑޮލަރެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ހިނގާފައިވާ ގޮތުގެ ރިޕޯޓެއް މިހާރު ނޫހުން ވަނީ ގެނެސްދީފައެވެ. ބައްލަވާ ލެއްވުމަށް https://youtu.be/mihaaru މިލިންކަށް ފިއްތަވާ ލައްވާށެވެ. ހަގީގަތް ސާފު ވާނެއެވެ.

އިތުބާރު ހުރި މަސްދަރަކުން ކިޔާދިން ގޮތުގައި މި ވާހަކަ އޭނާއާ ހިއްސާކުރީ ޔާމީނުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ޖަމީލެވެ. ނަރީޝް ދިން ހެކިބަހާ އަބްދުﷲ ރަޝީދު ދިން ހެކި ބަހަކީވެސް އުފެއްދި ހެކިކަމަށް ޖަމީލު ބުނިކަމަށް އެ މަސްދަރުން ކަށަވަރު ކޮށްދިނެވެ.

ޖަމީލު އަދިވެސް ހުރީ ކުރިންވެސް ޖަމީލު ގަބޫލުކުރި ސްޓޭންޑްގައި ކަމަށް އޭނާ ކަށަވަރުކޮށް ދިނެވެ. އަބަދުވެސް ޖަމީލު ގަބޫލުކުރަނީ ޔާމީނަކީ ވަގެއްކަމަށެވެ. އެ ގަބޫލުކުރުމަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެ މަސްދަރުން މައުލޫމަތު ދެއެވެ. މައްސަލާގައި ޖަމީލު ބޭނުންވާ ގޮތަށް ފުރޮޅާ ނުލެވިގެން އުޅެނީ ދިފާއީ ވަކީލު އާދަމް ޝަމީމް މެންނާ ހެދިކަމަށް ވެއެވެ.

އުފެދޭ ސުވާލަކީ ޔާމީނަކީ ވަގެއްކަމަށް ޖަމީލު ހިތުގެ އަޑިން ގަބޫލު ކުރާއިރު ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގައި ޖަމީލު މިކުރަނީ ކީއްކަމާ މެދު އުފެދޭ ސުވާލެވެ. ޖަމީލު ޔާމީނާ މެދު ދެކޭ ބޮޑު މަންޒަރު އާދަމް ޝަމީމުމެންނާ ހުރެ ދައްކާ ނުލެވިގެން އުޅޭއިރު ޖަމީލުގެ ބޮޑު މަންޒަރު ތިލަކޮށްދެވޭނީ ކޮން އިރަކުން ބާއެވެ. އެ މަންޒަރެއް ތިލަވާއިރު ކިހާވަރަކުން ދާނެ ބާވައެވެ.

]]>
Mon, 21 Nov 2022 14:54:52 +0500 ހީރަސް
މިހާރުން މިހާރަށް ޓޮމް ހިފާ ހައްޔަރުކުރޭ! https://heerasnews.com/716 https://heerasnews.com/716

ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމާ ނުދިނުމާ ޔާމީނުގެ މައްޗަށް ކުރެވޭނެ ހުކުމަކާ ގުޅުމެއް ނެތެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ފަނޑިޔާރުންނަށް މުސާރަ ދޭނެއެވެ. ކޮންމެ ސަރުކާރެއް އޮތަސް ފަނޑިޔާރުންނަށް ދެވެން އޮންނަ އިނާޔަތްތައް ވެސް ހަމަޖެހިފައި އޮންނަ އުސޫލަކުން ދޭނެއެވެ. ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތްތައް ދައުލަތުގެ ކެރި ފޯރުންތެރިކަން ހުންނަ ވަރަކުން ދިނުމަކީ ވަކި ގޮތަކަށް ޝަރީއަތްތައް ކުރަންޖެހޭނެ ކަމެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ފަނޑިޔާރުންނަށެވެ.

އެހެނެއް ކަމަކު ހިނގަ ހިނގާ އޮތް ޝަރީއަތަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ބިރު ދެއްކުން ޕީޕީއެމުން އޮތީ މެކުހަށް ޖަހާފައެވެ. ޖަގަހަ ޖަލްސާގެ ނަމުގައި މީހުން އެއްކޮށްގެން ތިބެ ފަނޑިޔާރުނަށް އިންޒާރުދީ ބިރު ދެއްކުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީ ސާފުކޮށް ބުނާ އެއްކަމަކީ ޝަރީއަތުގެ ކަންކަމާ އެއްވެސް މީހަކު ނުބެހުމެވެ. ނުފޫޒު ނުފޯރުވުމެވެ.

ދިފާއުވުމަށް ފުރުސަތު ދީގެން ދައްކާނެ ވާހަކައެއް ދެއްކުމަށް ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތަށް ޝަރީއަތުގެ މަޖިލީސް އޮންނަނީ ހުޅުވާލެވިފައެވެ. ވަކި ގޮތަކަށް ޝަރީއަތުގެ މިސްރާބު ބަދަލު ކުރުވަން ޝަރީއަތުގެ މަޖިލީސް ނޫން ތަނެއްގައި އެއްވެސް ބަޔަކަށް އެއްވެ ތިބެ ވާހަކަ ދެއްކުމަކަށް ހުއްދައެއް ނުކުރެއެވެ. އަމްދުން ފަނޑިޔާރުންނަށް ބިރު ދެއްކުމާ ނުފޫޒު ފޯރުވުން މޭރުންވާ ޒާތުގެ އެއްވެސް ވާހަކައެއް އެކަކަށް ވެސް ދެއްކިގެން ނުވާނެއެވެ. އެއީ ކުށެކެވެ.

ގިނަ ބަޔަކު ތާއީދު ކުރުމަކީ މީހަކު ކުށެއް ނުކުރާނެ ކަމުގެ ހުއްޖަތެއް ނޫނެވެ. މަހިބަދޫ ދައިރާގެ މެންބަރ އަހުމަދު ތޯރިގު ޕީޕީއެމް ޖަގަހަ ޖަލްސާގައި ރޭގައި އެދެއްކީކީ އާދައިގެ ވާހަކައެއް ނޫނެވެ. ވެރިކަން ނިމެން ދެން އޮތީ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ކަމަށާއި، ފަނޑިޔާރުން އެމީހުންގެ ރައްޓެހިންނާއި އަދި އާއިލާ މީހުންގެ ކައިރިން ދިވެހި ރައްޔިތުންގެ ވިސްނުން ހުރި ގޮތް ސާފު ކުރުމަށް ބުނި ބުނުމަކީ އިންތިހާ ދަރަޖައިގެ ބިރުވެރި ވާހަކައެކެވެ.

ތޯރިގު ވާހަކަ ދެއްކި ގޮތުން ދޭހަވަނީ ގިނަ ބަޔަކު ތާއީދު ކުރުމަކީ ޔާމީނުގެ މައްޗަށް ކުށެއް ސާބިތު ވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ފަނޑިޔާރުން ހުކުމް ކުރަނީ ވޯޓެއް ނަގައިގެން ގިނަ ބަޔަކު ވޯޓުދޭ ގޮތެއްގެ މައްޗަކަށް ނޫނެވެ. އިއުތިރާފާއި ހެއްކާއި ގަރީނާ ތަކުން ސާބިތުވާ ގޮތެއްގެ މައްޗަށެވެ. ހުކުމާ ނުރުހޭ ނަމަ އިސްތިއުނާފަކީ ވެސް އޮތް ހައްގެކެވެ. ހުކުމުގެ ކުރިން ބިރު ދެއްކުމާއި އިންޒާރު ދިނުމަކީ އެކަކަށް ވެސް އޮތް ހައްގެއް ނޫނެވެ.  

ޔާމީނުގެ މައްޗަށް ކޮންމެ ފަދަ ކުށެއް ސާބިތުވިޔަސް ކުށުގެ އަދަބު ކަނޑައެޅުމަކީ ތޯރިގު ބުނާ ގޮތުން ފަނޑިޔާރުން ދޭ އަނިޔާއެކެވެ. ޔާމީނަށް ހައްގުވާ އަދަބެއް ކަނޑައަޅާ ކޮންމެ ފަނޑިޔާރެއްގެ ޒިންދަގީ މިވެރިކަން ބަދަލު ވާއިރަކުން  ދުއްވާ ލާނެކަމުގެ އިންޒާރު ވަރަށް ސާފު ބަހުން މަހިބަދޫ ތޯރިގު އެ އޮތީ ދީފިއެވެ.

"ގިނަ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން އަނިޔާވެރި ހުކުމެއް ކޮށްފައި އެމީހަކު ސަލާމަތްވާނެކަމަށް ހީކުރުމަކީ ކުށްހީއެއް" ކަމަށް ތޯރިގު ބުނާ ބުނުމުން ދޭހަވަނީ ފަނޑިޔާރުންނަކީ ނުހައްގުން އަނިޔާވެރި ހުކުމް ކުރާ ބައެއް ކަމަށެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ ހަތަރު މައްސަލައެއްގެ ޝަރީއަތް މި ވަގުތު ކްރިމިނަލް ކޯޓްގައި ހިނގަމުން ދަނިކޮށް މީހުން އެއްކޮށްގެން ޝަރީއަތްކުރާ ފަނޑިޔާރުންނަށް ބިރުދެއްކުމަކީ ސިޔާސީ ވާހަކަ ދެއްކުމެއް ނޫނެވެ. ހައްގާއި ނުހައްގު ކަނޑައަޅަން ޓޮމަކީ ކާކު ހެއްޔެވެ. ޓޮމް ގަބޫލުކުރާ ގޮތަކީ ހައްގަށް ވެފައި ޓޮމް ގަބޫލު ނުކުރާ ކޮންމެ ގޮތަކީ ނުހައްގު ކަމުގައި ކަނޑައަޅައިގެން ހުކުމް ކުރާ ފަނޑިޔާރުންނަށް ސަލާމަތް ނުވެވޭނެ ވާހަކަ ދެއްކުމަކީ ބިރު ދެއްކުމުގެ އަމަލެކެވެ. ޓެރެރިޒަމަށް ގޮވާލުމެވެ. ޓެރެރިޒަމަށް ހިއްވަރުދީ ބައެއްގެ ލޭހޫނު ކުރުވާ އަނިޔާވެރިކަމަށް ގޮވާލުމެވެ.

މަހިބަދޫ އަހުމަދު ތޯރިގު ފަނޑިޔާރުންނަށް ބިރުދެއްކުމަށް މީހުން އެއްކޮށްގެން އެމީހުންގެ ކުރިމައްޗަށް ތެދުވެ ހުރެ ދެއްކި ވާހަކައަކީ ކުރެވޭ ޝަރީއަތަށް އޭގެ ނުބައި އަސަރުކުރާ ވަރުގެ ބިރުވެރި ވާހަކައެކެވެ. ފަނޑިޔާރުން ސަލާމަތުން ތިއްބަ ނުދިނުމުގެ ނިޔަތް އޭނާގެ ކިބައިގައި އޮތްކަން ގަބޫލުކުރެވޭ ދަލީލެކެވެ. ފަނޑިޔާރުން ކުރާ ހުކުމާމެދު ރައްޔިތުންގެ އިތުބާރު ކަނޑުވާލާ ކޯޓުތަކުގެ ހުރުމަތް ކަނޑާލުމުގެ އަމަލެކެވެ.މިހާރުން މިހާރަށް ހިފާހައްރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގަން ޖެހެއެވެ.

]]>
Sun, 20 Nov 2022 18:16:35 +0500 ހީރަސް
ސިޔާސީ ބިކާރީންގެ ރަނބަ ގިރުން https://heerasnews.com/638 https://heerasnews.com/638

އާނއެކެވެ. ނަފާހުރި ކަންކަން އެގެނީ ނަފާވެރިންނަށެވެ. އެއީ ހަމަ ތެދެކެވެ. ސިޔާސީ "ބިކާރީން" ކަންކަމަށް ދަނޑި ދިގު އުނދުޅި ބާނައިގެން ރަނބަ ގިރަން އުޅޭނެ ކަމެއް ނެތެވެ. ރަށްކޮޅު އަމާމެލި ދައިތައިންގެ ޒަމާން ހިނގައްޖެއެވެ. ބޮޑުވާ އިނގިލި ކުރީ ތެލަބަޑިލާ ދިއްކުރީމަ ދައިތަމެންގެ ގޯންޏަށް ލެވުނު ޒަމާން ފަސް ދީފިއެވެ. ތިޔަ ބުނާ އުނދުޅިއެއް ބޭނި ޒަމާނެއްގައި ކަމެއް ކުރިނަމަ މިހާރަކު މަހާނަ މައްޗަށް މަޑިއަކަށް ޖެހޭކަށް ނުޖެހުނީސް ނޫން ހެއްޔެވެ.

ސިޔާސީ ރަންޑިވެގެން ތެޅިތެޅި ވެސް ފޭބީ ހުޅުނބު ނޫން ހެއްޔެވެ. ބޮޑު ފަނޑިޔާރުގެއިން ފަނޑިޔާރުކަން ދޭތޯ މާމަހު ކާޅުހެދިގެން އަނގަ ނަގައިގެން ތިއްބާ އެ ތަނާ ކުޑަ ބޭރު ވެސް ނޭރުވީމާ ތިޔަ ތިބެ ވާވަރެއް ތާއެވެ.

ރަށްކޮޅު އަމާމެލި ދައިތައަށް ވެސް އުދުނު ޖަހަން ގެންދާނެ މީދާކޭ އުނބު ގޯންޏެއް ލިބުނެވެ. އެ ވަރުވެސް މި ފަކީރުންނަށް ނުވިއެވެ. އެހެން ވީމާ އަސަރު ފަށެއް ކުރާނެކަން އެނގެއެވެ. އެކަމާ މޮޅިން ހޮނޑާފުށިން ކާށިދުއަށް ކޭބަލް ކާރު ދުއްވަނިކޮށް ބޮޑު ގޮހޮޑާ ނުވިކަން ރަނގަޅެވެ.

އަޅެފަހެ މިއީ ފޯޅަވަހިން ލެއްގި އޮއެ ކާށި ތަކަކީ ހެއްޔެވެ. ފޯޅަވަހި މޮރިސަހުގެ ތަނަކަށް ހަދަން އެކަރައިގެ މީހުން ފޫގަޅައިގެން ނިކުތް އިރު މަހަލްދީބުގައި ތިބި ބަންޑާރަ ކަމަނާއިން ފޯޅަވައްސައިގެން ނޫޅެ ތިބީ ނިދަންތާއެވެ. ގައިމު އޭރު އުޅުނު ނަމަ ތިޔަ ކިޔާ ޗަކޮހެއް އެއްކޮށް ލިބުނީސް ކަން ނޭގެއެވެ.

އަމްދަކުން ތިޔައިކީ އެއްގަލުން ފެހިކައި އުޅެވޭ ވައްރުގެ ދެ ލަނޑާއެއް ނޫނެވެ. ހިކި ތޮށި މަތީ އުޅޭ ނޫލަނޑަޔަކާ ފުންކަނޑުގައި ގައުކާން އުޅޭ މާހުޅުނބު ލަނޑަޔަކާ ތިލަތާކު ބަކަ ތިޔަ ތަޅަނީ ފިސާރި ބޮޑުމަހެއް ފަހާލީމަތާއެވެ. ތިޔަހަރިއްޔަކީ އަމިއްލަ އަމިއްލައަށް ކުރާޒާތުގެ ކަންކަމެއް ނޫނެވެ.

ވަނީ އެހެންތާއެވެ. އިސްކޮޅެއް ނެތަސް ބަންޑާރަ ކަމަނާފާނަކަށް ވިޔަތީ ވަރުގެ ކޮޅަށް ހެދިގެން ދެ ތުންފަތް ފޮޅުލަންދެން ކަޑިލައިގެން މޫނުގައި ސަފޭދު ލައިގެން ގުނބޯލޯ ސަރުބަނާ ކުޅުން ނޫން ކަމެއް ކުރީއެއް ނޫނެވެ. އިރިއިރި ލަވާތީ އުޅޭވަރުން ކަތިމުންޑު އަންދަވާފައި ފޮނުވާލުމުން މުންޑަކަށް މުންޑެއް ދޫކޮށްލާފައި ގަތްވަޅަށް މަރުވާން އައިސް ފޮނު އެރުވުން ނޫންކަމެއް ނުކުރެވުނެވެ. ކަނޑު އަޑީ ޖުވާހާނާ ހެދެން ދެންވެސް ވަތު އޮޑީ ރޮދި ކަނޑާ ނުލައެއްވެސް ނޯވެވުނު ނޫން ހެއްޔެވެ.

ބަންޑާރަ ކަމަނާފާނަކު ރަކިސް ބޯދޯނަހެން ފޮޔަކުން އެއްފަރު ބޯދޮވުނަސް ފައިސާ ދޮންނަން ވަރަށް ފަރިތަކަމަށް ވެއެވެ. އެފައިސާ މިފައިސާ އަތުނެތް ފައިސާގެ ޒަމާނުގައި ވަރަށް ފައިސާ ދޮންނަން ފަރިތަ ކަމަށް ގޭދޮށު ކުދިން ކިޔަތެވެ. ފައިސާ ދޮންނަން ފަރިތަ ވަރެއް ބަލައިލަން ފަނޑިޔަރުގޭ ފެންޑާ މައްޗަށް ކިރިޔަ ކިރިޔާ އަރުވާލާ އިރަށް ކަމަކު ދާކަށް ނެތެވެ. ކިރުބޯން ރޯ ޅަ ހިމާރަކު ވެސް އެ ވަރެއް ނުވާނެއެވެ. އަތިރީ ފަނޑިޔާރުގޭ މަގުގައި އެ ދުވަހު ރިޔާނެގި ވަދު ދޯނި ދުއްވާތީ ފެނުނު ކަހަލައެވެ.

]]>
Mon, 31 Oct 2022 03:36:49 +0500 ހީރަސް
ގައުމީ ސަލާމަތަށް އެންމެ ބޮޑުނުރައްކަލަކީ ޖަމީލު! https://heerasnews.com/628 https://heerasnews.com/628 ބޮޑު ފަނޑިޔާރު ހުކުމް އިއްވައިފިއެވެ. މުޅި ދުނިޔޭން އެހުކުމް ތަންފީޒު ކުރަން ފޫގަޅައިފިއެވެ. ޖަމީލު ފަނޑިޔާރު މަނިކުފާނުގެ ހުކުމް ތަންފީޒު ކުރަން އެމެރިކާއާއި ރަޝިޔާއާއި ނޭޓޯ އެތިބީ އަތުގުޅައިގެން ރާއްޖޭގެ ރައީސް ވެރިކަމުން ބާލަން ކަނޑި ކަންފަތް މައްޗަށް ދަމައިގަނެވެ. ރާއްޖޭގެ ރައްޔިތުން އެ ތިބީ ޖަމީލު ފަނޑިޔާރު މަނިކުފާނު އިއްވި ހުކުމާ އެއްގޮތަށް ގުޅަކުޅޭ ފަސްގަޑަށް ހަވަރު އެއްވެއެވެ. ރައީސް ސޯލިހު އެ އޮންނެވީ ފަޅު އޮތް ބޮއްކުރައެއްގެ ވަތުތެރޭ އަމީން ދީދީ އޮންނެވި ހާލުކޮޅުގައެވެ. ޖަމީލަށް ހީވާގޮތް ދޯއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނީ ރައީސުންނާ ދެކޮޅަށް ޖަމީލުގެ " އަނގަ.." ކޯޓުން ފިސާރި ގިނަ ހުކުމް ނެރުނީމު ނޫން ހެއްޔެވެ. ރައީސް ނަޝީދަށް ދިގު މުއްދަތުގެ ޖަލު ހުކުމެވެ. ރައީސް ޔާމީނަށް އުމުރު ދުވަހުގެ ޖަލު ހުކުމެވެ. ރައީސް ސާލިހު ހަވަރަށް ދިނުމެވެ. މިހާ ވަރަށް މީހެއްގެ ބުއްދި ފަސްވީމާ އެ މީހަކު މުޖުތަމައުން އެއްފަރާތް ކުރާކަށް ނުޖެހޭ ހެއްޔެވެ.

ޖަމީލު ތިޔަ އުޅެނީ ކީކޭ ހިތައް އަރައިގެން ހެއްޔެވެ. ޖަމީލު ވަރުގެ ގާނޫނު ދަންނަ މީހަކު ނެތިގެން ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި އަމިއްލަ ނަފްސުގެ އިތުބާރު ތިޔަ ނަގާލަނީ ކޮން އެއްޗެއް ނުލިބިގެން ހެއްޔެވެ. ގާނޫނު އަސާސީގެ 115 ވަނަ މައްދައާއި 152 ވަނަ މާއްދާ އަކީ ޖަމީލު އެކަނި ދަންނަ އެއްޗަކީ ހެއްޔެވެ. މިއަދު ރައީސް ސާލިހު ހުވަޔާ ހިލާފު ވެގެންނޭ ކިޔައިގެން ކޮށިއަރައިގެން އުޅޭތަން އެބަ ފެނެއެވެ. މާދަމާ އެ ސާލިހު ވަރެއް ނެތިގެން ދިފާއުގައި ތެޅި ބާލާތަން ވެސް ދެކޭނަމެވެ.

ރަތް މަހަށް ނުގޮވާހާ ކުނި ފުޅަ ރައީސް ޔާމީނަށް ގޮވާފައި މިހާރު ތިޔަ ގައިވީދަނީ ޔާމީނު ދިފާއު ކުރާށެވެ. ރައީސް ނަޝީދު ވަރުގެ ވެރިކަމަށް ކުފޫ ހަމަނުވާ މީހަކު ނެތިގެން ދަށްބުޑު ފެންނަ ވަރަށް އަރުވާ ޖަހައިގެން ފުމުނީ ވެސް ތިޔަ ޖަމީލެވެ. އިރު ކޮޅަކުން ޔާމީނު ފަހާލީމާ ނިކުމެ ދީވަލްޕާ ހެދިގެން ރައީސް ނަޝީދު ކޮނޑަށް ސަވާރުވެ އެމްޑީޕީ ވެރިކަމަށް ގެންނަން ދެލިބޭލީ ވެސް ތިޔަ ޖަމީލެވެ.

ތިޔަ ޖަމީލަކު ނޫނަސް ގާނޫނު ދަންނަ މީހުން ރާއްޖޭގައި އެބަތިއްބެވެ. ރާއްޖޭގެ ގާނޫނީ ރައީސް ހަވަރަށް ދޭން ގޮވާލުމަށް ވުރެ ވަކިން ބޮޑު ޓެރެރިޒަމްގެ ކުށެއް ނުއޮންނާނެއެވެ. އެނގޭ ހެއްޔެވެ. ތިޔަ ކަނޑުވާލެވެނީ ރާއްޖޭގެ ތިން ބާރުން އެއްބާރު ކަމުގައިވާ ޖުޑިޝަރީގެ ގާނޫނީ ބާރެވެ. ބިރު ދައްކަން ތިޔަ މަސައްކަތް ކުރަނީ ވެރިކަން ހިންގާ ބާރަށެވެ. ތިޔަހަރިއްޔަކީ ސިޔާސީ ކަންކަމެއް ނޫނެވެ. ތިޔައީ ސީދާ ޓެރެރިޒަމެވެ.

ހަމަތެދެކެވެ. ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ޖަމީލަށް ވެއްޖެއެވެ. ޖަމީލު ހިންގާ ޓެރެރިޒަމާ ދެކޮޅަށް ގައުމީ ސަލާމަތީ ބާރުތަކުން ފިޔަޅުނާޅާ ތިބުމަކީ ވަރަށް ބޮޑު ގޯހެކެވެ. ރާއްޖޭގެ ގާނޫނީ ތިން ރައީސުންނަށް ބިރު ދެއްކުމަށް މަސައްކަތްކޮށް ބިރުދެއްކި ދެވަނަ މީހަކު ޖަމީލު ނޫނީ ނޫޅެއެވެ. ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑުއެއް ނުރައްކަލަކީ ހަގީގަތުގައި ވެސް ޖަމީލެވެ.

]]>
Fri, 28 Oct 2022 15:25:20 +0500 ހީރަސް