Maldives Real Time Facts & : ރިޔާސަތު https://heerasnews.com/rss/category/ސޔސ Maldives Real Time Facts & : ރިޔާސަތު dv ކޮޕީރައިޓް: Heerasnews llp (P013622021) މުއިއްޒުގެ ދީނީ ސަރުކާރަށް އަތްކަނޑާކަށް ނުކެރޭނެ! https://heerasnews.com/2434 https://heerasnews.com/2434
އެމްޑީޕީ ސަރުކާރު ލާދީނީ ވެގެން ކަންތައް ތަކެއް ނުކުރި ކަމަށް ބުނެ ބޮޑެތި ތުހުމަތުތައް ވެރިކަމަށް އަންނަން ވެގެން މުއިއްޒުމެން ކުރިއެވެ. ވެރިކަން އޮތީ ދީނީ ބައެއް ކަމަށް ދެއްކިގެން އުޅުނު މުއިއްޒުމެން އަތުގައެވެ. 
20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ސަރުކާރު ބޭނުންނަމަ، މިޤައުމުގައި ނުކުރެވޭނެ އެއްވެސް ކަމެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒު ބޭނުވެގެން ކުރަން އުޅޭކަމެއް ނުކުރެވި އޮތުމަކަށް ބަހަނާއެއް ހުއްޖަތެއް މިހާރަކު ނުއޮންނާނެއެވެ. މުއިއްޒުގެ ދީނީ ސަރުކާރުން ދީނީ ކަމެއް ކުރާކަށް އެއްވެސް ހުރަހެއް މިހާރަކު ނުއޮންނާނެއެވެ. 
އަންނަނިވި ބައެއް ކަންކަމަކީ ދީނީވެގެން އުޅޭ މީހުން ރާއްޖޭގައި ތަންފީޒުނުވާތީ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް ބައެއް ކަންކަމެވެ. ރައީސް މައުމޫނާ ދެކޮޅަށްވެސް އެންމެ ބާރަށް ދެއްކިވާހަކަތަކެވެ. އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ ކިޔާ ތަސްބީހަތަކެވެ. 
  • ބަނގުރަލާ އޫރުމަސް ވިއްކުން ހުއްޓުވުން
  • ރިބާގެ މުޢާމަލާތް ހުއްޓުވުން
  • ރިބާ ނަގާދިނުމަށް ހުކުން ކުރުން ހުއްޓުވުން.
  • މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން.
  • އިސްލާމީ ޝަރީއަތާ އެއްގޮތަށް ޢަދުލަށް ހުކުމް ކުރުން.
  • ޝަރުއީ ހައްދު ގާއިމުކޮށް މަރަށް މަރުހިފުން.
  • ސްޕާތައް ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުން.

ބުނެވި ދިޔަ ކަންކަމަކީ ދައުލަތުން އަތްގުޅި ނުކާވަރު ހޭދަތަކެއް ނުކޮށްވެސް ކޮށްލެވެން ހުރި ކަންކަމެވެ. ގާނޫނުތަކާއި އުސޫލުތަކަށް ގެނެވޭ ބަދަލު ތަކަކުން ތަރުތީބުވެ ތަންފީޒު ކުރެވޭނެ ކަންކަމެވެ. ބޭނުންވާނީ ކެރުމެވެ. ހިތްވަރެވެ. 

ދީނަށް ލޯބިކުރާ މާއްދިއްޔަތަށް އަޅުވެތިނުވާ ލާދީނީ ކަމެއް ނެތް ސަރުކާރަކުން ކޮށްލާކަށް އެއިއްޔަކީ ބޮޑެތިކަންކަމެއް ނޫނެވެ. މުއިއްޒުމެން ބުނާ ލާދީނީ ސަރުކާރު ތަކަށް ކުރަން ނުކެރުނަސް މުއިއްޒުގެ ދީނީ ސަރުކާރަށް ވެސް އަތްކަނޑާކަށް ނުކެރޭނެއެވެ. ގިސާސް ހިފާކަށް ނުކެރޭނެ. ހައްދު ގާއިމު ކުރާކަށް ނުކެރޭނެއެވެ. މަޖިލިސް ލިބިގެން ނިކަން ރަނގަޅަށް މުއިއްޒު ސަރުކާރުން  އިސްލާމީ ޝަރީއާ ތަންފީޒު ކޮށްލަބަލާށެވެ.  

]]>
Mon, 29 Apr 2024 04:04:48 +0500 ހީރަސްނިއުސް
އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު https://heerasnews.com/2269 https://heerasnews.com/2269 ރާއްޖެ ދުށް އެންމެ ކާމިޔާބު ޑިޕްލޮމޭޓް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުމަކީ އެމްޑީޕީގެ ކުރިމަގު އުޖާލާކަން ރަމްޒުކޮށްދޭ ކަމެކެވެ. އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވަފައިވާ ބޭފުޅަކު އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވުމަކީ އެމްޑީޕީއަކީ ދުނިޔެ ގަބޫލުކުރާ ޑިމޮކްރެޓިކް މުއައްސަސާއަކަށް ވެގެން ދިޔަ ކަމެކެވެ. 

ރާއްޖޭގެ ހާރިޖީ ވަޒީރުކަން އެއްފަހަރަށްވުރެ ގިނަ ފަހަރު ކުރައްވަފައިވާ އޮނަރަބަލް އަބްދުއްލާ ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް ނިކުންނެވުމަކީ ހެޔޮފާލެކެވެ. އޮނަރަބަލް ޝާހިދަކީ ދޫފުޅު ފަސޭހަ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ.

އާރާ ބާރުގެ ގޮތުން ކުޑަކުޑަ ދިވެހިރާއްޖެއަށް އދ މަޖިލީހުގެ ރައީސްކަން ލިބުނީ ހަމަ ހުރެފައެއް ނޫނެވެ. އޮނަރަބަލް ޝާހިދުގެ ހިކުމަތްތެރިކަމާއި ވިސްނުންފުޅުގެ ތޫނު ކަމުންނެވެ. މިވަގުތަކީ އެމްޑީޕީއަށް އެފަދަ ހިކުމަތްތެރި ސިކުނޑިއަކަށް ބޭނުން ވެފައިވާ ހައްސާސް ވަގުތެކެވެ. ބައިނަލް އަގުވާމީ ގުޅުންތައް ވަރުގަދަކޮށް ހަރުދަނާ ސިޔާސީ ލީޑަރޝިޕަކަށް އިންތިހާއަށް ބޭނުންވެފައިވާ ވަގުތެކެވެ.

ރައީސް ސޯލިހުގެ ކެތްތެރި ދުރުވިސްނޭ ސިޔާސަތު ދެމެހެއްޓެވުމުގައި ދެގޮތެއްނުވެ އެމަނިކުފާނު އަރިހުގައި ހުންނެވި އެންމެ ވަރުގަދަ އެއް ފަހުލަވާނަކީ އޮނަރަބަލް ޝާހިދެވެ. ޒުވާން އުމުރުފުޅުއްސުރެ މިއަދާ ހަމައަށްވެސް ގައުމީ ހިދުމަތުގައި ދެގޮތެއްނުވެ ދެމިހުންނެވި އޮނަރަބަލް ޝާހިދަކީ އެމްޑީޕީއަށް އައު ބޭފުޅެއް ނޫނެވެ. 

ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ސިޔާސީ ތަޖުރިބާއިން ލާފުރާ ފުރިހަމަވެފައިވާ އެންމެ ކާމިޔާބު އެއް ދިވެއްސަކީ އޮނަރަބަލް ޝާހިދެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ވަޒީރުކަމަކީ އެ މަނިކުފާނަށް އައު ކަންކަމެއް ނޫނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ދުނިޔޭގެ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެހެން ދިވެއްސަކު ރާއްޖޭގެ ތާރީހު އަދި ދެކިފައެއް ނެތެވެ.  

އެމްޑީޕީގެ ރައީސް ކަމަށް ވާދަ ކުރައްވާކަމަށް އޮނަރަބަލް ޝާހިދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެ އެމްޑީޕީގެ އާއްމު މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ "އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެދިމާލަކުން މިއަދު މިއޮތީ ފެންނަން" ކަމަށެވެ. 

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުސަތު ހުޅުވިފައިވަނީ ފެބްރުއަރީ 20، 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ. 

]]>
Sun, 18 Feb 2024 14:38:10 +0500 ހީރަސްނިއުސް
ޗައިނާ ބުނީމާ ޓައިވާނާ ރުޅިވި މުއިއްޒަށް އިޒްރޭލް ޕާސްޕޯޓް އޯކޭ! https://heerasnews.com/2193 https://heerasnews.com/2193 ޓައިވާނަކީ ދިވެހިން ވަރަށް ގިނައިން ވިޔާފާރިކަމު ގޮސްއުޅޭ ގައުމެކެވެ. ރާއްޖެއަށް ޓައިވާނުން ޓޫރިސްޓުންގެ ގޮތުގައި އަބަދުވެސް މީހުން އައިސް އުޅެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޓައިޕޭއަށް މަތިންދާ ބޯޓު ދަތުރުތައް ސީދާކޮށް އޮވެއެވެ. 

ކުރިއްސުރެ ވެސް ރާއްޖެއަކީ ޗައިނާއިން ގެންގުޅޭ ވަން ޗައިނާ ސިޔާސަތާ ދެކޮޅު ބައެއް ނޫނެވެ. އެހެން ނަމަވެސް އަޅުވެތިކަމާ އަބަދުވެސް ދެކޮޅު ބައެކެވެ. ޓައިވާންގެ ސިޔާދަތު ވަކި ގޮތަކަށް ބޭއްވުމަށް ރާއްޖޭން އެއް އިރެއްގައިވެސް ބާރެއް ނާޅައެވެ. ރާއްޖޭން ދެކެމުން އައީ ޓައިވާނު އޮންނަން ޖެހޭ ގޮތްކަނޑައަޅާނީ ޓައިވާނުން ކަމަށެވެ. އޭގެ މާނައަކީ ޗައިނާއިން ގެންގުޅޭ ވަން ޗައިނާ ސިޔާސަތާ ރާއްޖެ ދެކޮޅުވުމެއް ނޫނެވެ.

ޒަމާނުއްސުރެ ރާއްޖޭން ގެންގުޅުނު މެދުމިނުގެ ސިޔާސަތު ދޫކޮށް ބައިނަލްއަގުވާމީ ގޮތުން ވަކި ފަރާތަކަށް ފާޅުގައި ޖެހޭ ގައުމަކަށް ޑރ. މުއިއްޒު ރާއްޖެ ހަދައިފިއެވެ. ވެރިކަމަށް އެރީއްސުރެ އިންޑިއާއަކީ ރާއްޖޭން އެންމެ ބޮޑަށް ނަފުރަތު ކުރާ ގައުމަށް ހަދައިފިއެވެ. ޗައިނާއާއި އިންޑިއާ އާއި އެކުގައި ދަމަހައްޓަމުން އައި ބަދަހި އަހުވަންތަ ގުޅުން އެކު އެކީގައި ދެމެހެއްޓޭ ވަރުގެ ވެރިއަކަށް މުއިއްޒު ނުވިއެވެ. 

ޑިޕޮލަމެސީގެ ކަންފުޅެއްވެސް މުއިއްޒުގެ ކިބާގައި ނެތެވެ. ޗައިނާއަށް ގެންގޮސް ރަތްދޫލައިގައި އިއްޒަތްދީގެން ދެތިން ދުވަހު ގެންގުޅެލާ ވިއްސަކަށް އެއްބަސްވުމުގައި ޗައިނާއާއި އެކު ސޮއި ކޮށްލެވުމުން މުއިއްޒަށް ހިޖުރަ އޮޅިއްޖެއެވެ. މުއިއްޒުގެ ދުނިޔެ ރަންވެއްޖެއެވެ.

ޑރ. މުއިއްޒަކީ އިންޑިއާގެ ހުއްދަނެތި އިން ގޮނޑިން ތެދުވެ އަނެއް ގޮނޑިއަށް ނުދެވޭ ވަރަށް ކުރީގެ ސަރުކާރު ދަށުވެފައިވާ ކަމަށް ބުނަމުން ވެރިކަމަށް އައި މީހެކެވެ. އެހެނެއް ކަމަކު ވެރިކަމަށް ދެމަސް ދުވަސް ނުވަނީސް މުއިއްޒު ވަނީ ޗައިނާގެ އަޅަކަށް ބަދަލުވެފައި ކަމަށް ނުބުނާ ވަރެއް ނޫނެވެ. ޓައިވާނާއެކު އެއްވެސް ފެންވަރެއްގެ ގުޅުމެއް ރާއްޖޭން ނުބާއްވަން ނިންމި ނިންމުމުން އެކަނިވެސް އެކަން ސާބިތުވެއެވެ. 

ޓައިވާނާ ހުރިހާ ގުޅުމެއް ރާއްޖޭން ކަނޑާލިއިރު އިޒްރޭލު ޕާސްޕޯޓް ބޭން ކުރާކަށް މުއިއްޒަކަށް ނުކެރުނެވެ. ރާއްޖޭގެ ރައްޔިތުން އިންތިހާ ދަރަޖައަށް ބޭނުންވެގެން އެތައް ބަޔަކު ޕެޓިޝަނެއްގައި ސޮއިކޮށް އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ. އެކަމަށް އިހުތިރާމްކޮށް މަޖިލީހުގެ ގަރާރަކުން އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރަން ރައީސް މުއިއްޒަށް ރަސްމީކޮށް ވަނީ ދަންނަވާފައެވެ. ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ބުނެ އިޒްރޭލު ޕާސްޕޯޓް ބޭން ނުކޮށް މުއިއްޒު ވަނީ ގަރާރު ޑަސްބިނަށް ލާފައެވެ. 

ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ނަސްލު ނައްތާލަން އިޒުރޭލުން ހިންގާ އަނިޔާވެރި ރަހުމުކުޑަ އަމަލަުތަކަށް ފާޅުގައި ނޫނެކޭ ބުނެ އިޒުރޭލު މީހުނަށް ރާއްޖެ ބަންދު ކުރަން ކެރޭ ވެރިއަކަށް މުއިއްޒަކަށް ނުވެވުނެވެ.  ޗައިނާގެ ބައިމަދު ޔުބްޣޫރު މުސްލިމުންގެ ނަސްލު ނައްތާލަން އަނިޔާވެރިކަން ދައްކާ ޗައިނާ ސަރުކާރުން ބުނުމުން ޓައިވާނާ ގުޅުން ކަނޑާލުމުގެ ގާނޫނީ ހަމަ މުއިއްޒަށް ފެނިއްޖެއެވެ.

]]>
Wed, 17 Jan 2024 20:50:00 +0500 ހީރަސްނިއުސް
މުއިއްޒުގެ އެންމެ ދަތުރަކުން ޗައިނާގެ އުނގަށް ރާއްޖެ https://heerasnews.com/2192 https://heerasnews.com/2192 އެއްފަހަރާ އެތައް ސަތޭކަ ބިސް ވެލާ އަޅަނީ ކުކުރާވެސް ނުލައެވެ. ކުކުޅަކަށް އެންމެ ބިހެއް އެޅުނަސް ކަމާ ޖެހުނީއެވެ. ލާހަޅޭކުން ތިބީންނަށް އުޅެން އުނދަގޫ ވާވަރު ކޮށްލައެވެ. ކަމެއް ނުކުރެވޭ މީހަކަށް ހާލަކުން އެންމެ ކަމެއް ކޮށްލެވުނަސް ހީވާނީ އައު ކުކުޅަކަށް ގައުބިހެއް އެޅުގެން އުޅޭހެންނެވެ.

ޑރ. މުއިއްޒާއި މުއިއްޒު ސަރުކާރަށް ޖެހިގެން އުޅެނީވެސް އެ ދަތުރެވެ. މުއިއްޒަށް ވެރިކަން ލިބުމެކޭ ބޮކަށް ރަންފުއް މައްޗަށް އެރުމެކޭ ތަފާތެއް ނެތެވެ. އަމްދުން މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމުތައް ލިބިގެން އުޅޭ ގިނަ މީހުން އުޅޭ ފާޑުން ހީވަނީ ގުއި ނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭ ހެންނެވެ.

މުއިއްޒު ވެރިކަމަށް އިންތިހާބު ވުމާއެކު އިންތިހާބީ ރައީސް އޮފީހުން ހިނގަ ހިނގާ އޮތް ސަރުކާރަށް އަމުރުތައް އަންނަންފެށީ ތިޔަހެންނަކުން ނޫނެވެ. އިންތިހާބުވެ ހުވާ ނުކުރަނީސް ޔޫއޭއީ މަހުޖަނަކު ޖެޓެއް ފޮނުވައިގެން ޔޫއޭއީއަށް މުއިއްޒު ގެންގޮސް ރިޝްވަތު ދީގެން ވެރިކަމުގެ ފެށުން ހަރާބު ކޮށްލުމަކީ ވެސް އެވަރެއް ނެތް މޮޅުކަމެއް ކަމަށް ދެއްކިއެވެ. ހުޅުލޭ އެއަރޕޯޓް އަޕްގްރޭޑް ކުރުމަށް ޔޫއޭއީން ސިލްސިލާކޮށް ރާއްޖެއަށް ދެމުން އައި އެހީން ބައެއް އެ މުއްދަތުގެ ތެރޭގައި ދޫކުރި ދޫކުރުމަކީ ވެސް މުއިއްޒުގެ މޮޅުކަމުން ކުރިކަމަކަށް ހަދައިގެން އަޑު އެރުވިއެވެ. 

އެނދުން ވައްޓާތީ އޮބިނޯވެގެން ތުރުކީ ޑްރާމާ ސީރީޒެއްގެ ސްޓާރުންނާ ބައްދަލު ކުރަން ސަރުކާރުގެ ހަރަދުގައި ތުރުކީއަށް ކުރި ދަތުރަކީ އުރުދުގާނަށް ރޭނިދި ނުނިދިގެން ދެފައިތަޅާ ރޯވަރުން ކުރި ދަތުރަކަށް ހަދައިގެން އުޅުނެވެ. ފުރަމާނަ ދަތުރެއް ރާއްޖޭގެ ރައީސަކު ކުރިން ކޮށްފައިވެސް ނެތް ކަހަލައެވެ. 

ކޮޕް ސަމިޓްގެ ހަވާސާއިން އިގިރޭސި ރަސްގެފާނު ކިންގް ޗާލްސްއާއި ދިމާކޮށް ސަލާން ކޮށްލެވުނީތީ ކިންގް ޗާލްސް މުއިއްޒަށް ބޭނުންވާ ހުރިހާ ކަމެއް ބޮލުން ނަގުލަށް ކޮށްދޭން އެއްބަސްވާން ނެގީ އެންމެ ތިރީސް ސިކުންތެވެ. އެ ދުވަހު އެވެރިންގެ ވާހަކަ ހުރީ އެހެންނެވެ.

ކެރެލާއަށް ބޭހަށްދާ މީހުންގެ އަތުން ލިބޭ ފައިސާއާއި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ މުސާރަ ނުލިބޭ ނަމަ އިންޑިއާ ބަނޑަށްޖެހި ސަލާންޖަހަން ޖެހޭނެތީ ކޮޕްސަމިޓްގެ ހަވާސާގައި ފަހަތުން ހިނގާ އާދޭސްކޮށްގެން މުއިއްޒު ފައިބުޑަށް ވެއްޓި މޯދީ ސަލާންޖެހިއެވެ. ރާއްޖެއަށް އިންޑިއާގެ މުހިންމު ކަމެއް ނެތަސް ރާއްޖެއާ ވަކިން އިންޑިއާއަށް އެންމެ ދުވަހަކު ވެސް ކެތެއް ނުވާނެއެވެ. އިންޑިއާ ބަޔަކު ރާއްޖެއާ ދެކޮޅަށް ބޮއިކޮޓް ޖެއްސިއްޔާ މުއިއްޒަށް ވާނީ ކޮން ދެރައެއް ހެއްޔެވެ. މުއިއްޒު ސަރުކާރުގެ ސިޔާސީވެރިން ފާޅުގައި އިންޑިއާގެ އިސްވެރިންނަށާއި މޯދީއަށް ފުރައްސާރަ ކުރަނީ ކުރެވެން އޮވެގެންނެވެ. 

ސަތޭކައެއްހާ މީހުން ގޮވައިގެން ޗައިނާއަށް ރަސްމީ ދަތުރެއް ކޮށްލެވުނީމާ ވެރިކަމުގެ ހުރި ފޮނި މީރުކަން މުއިއްޒަށާއި އޭނާގެ އަޅުންގެ އަޅުންނަށް އިހުސާސް ވެއްޖެއެވެ. ޗައިނާ ދަތުރާ ޖެހުމުން ތުރުކީ ދަތުރު ފުރަމާނައެއް ނުވިއެވެ. ގެންދިޔަހާ މީހުން ކާޅު ބައެއްހެން ފަހަތުން ބޯޓުން ފޭބިޔަސް ހެޔޮތާއެވެ. ސިޑިތަކުގެ ރޭލިންގގެ އޮފު ކެނޑެންދެން އަތް ކާއްތަމުން ތަނބު ތަކުގައި ބޮސްދެމުން ކާޅު ހިނގާހެން ފުމެމުން ފަސްޓް ލޭޑީ ސިޑިން ފޭބިޔަސް ހެޔޮތާއެވެ. ޓޫރިޒަމް މިނިސްޓަރު އާނގަމަވެ ހީގަނެގެން ދިމަދިމާލަށް އެނބުރި ކޮސްވެ ދެމިޔަކަނުން ސޮނިވެއްޓެފައި އިނަސް ވަރިހަމަތާއެވެ. ބޮޑުފާރުގެ ހަނދާނީ ފޮތުގައި ރޯނުބައިކޮށް ލިޔުނަސް ހެޔޮތާއެވެ. 

ޗައިނާއިން ނިކަން ރަނގަޅަށް ކޯޑި ހައްދާލައިގެން މުއިއްޒު ގެންގުޅެލައިފިއެވެ. ކޮށްދޭން ނުބުނާ ކަމެއް، ދޭން ނުބުނާ އެއްޗެއް ނެތެވެ. އެއްބަސްވެ ސޮއި ނުކުރާ އެގްރިމެންޓެއް ނެތެވެ. އެއްބަސްވެ ދޭން ބުނާހާ އެއްޗެއް އެއްވެސް އިރަކު އެއްވެސް ގައުމަކަށް ދެވިފައި ނުއޮންނަކަން ކިނދު ނުފިލާ ވިހޭގެތެރޭ ތުއްތު ކުދިންނަށް ފަހަރުގައި ނޭނގިދާނެއެވެ. 

މުއިއްޒުގެ އެންމެ ދަތުރަކުން ނިކަން ރަގަޅަށް ޗައިނާގެ އުނގަށް ރާއްޖެ ވައްޓާލައިފިއެވެ. ދަތުރު ނިންމާފައި އައިގޮތަށް ވަށިވަށިން ދިނީ އިންޑިއާއަށެވެ. އިންޑިއާ ނޫން ގޮތަކީ ޗައިނާ ކަމަށް ހަދާ އިންޑިއާ އާއި ވަތްކަނޑާލަނީއެވެ. ޗައިނާގެ އުނގަށް ވަދެ އާސަންދައިން ދިވެހިން ދެން ބޭސްކުރާނީ ބެންކޮކާއި ދުބާއީންނެވެ. ކާބޯތަކެތި ގެންނަނީ ތުރުކީންނެވެ. ޓޫރިސްޓުންނާއި ސިފައިން ގެންނާނީ ޗައިނާއިންނެވެ. ހަނގުރާމަ ކުރަންވިޔަސް މުއިއްޒު ރެޑީއެވެ. 

]]>
Wed, 17 Jan 2024 15:06:36 +0500 ހީރަސްނިއުސް
މުއިއްޒުގެ ރާއްޖެ އިންޑިއާގެ ބެކްޔާޑުން ޗައިނާ ބެކްޔާޑަށް! https://heerasnews.com/2182 https://heerasnews.com/2182 ދުނިޔޭގެ އާޖުފާޖު ނޭނގޭ ވެރިއަކު ގައުމަކަށް އިސްވެއްޖެނަމަ އެ ގައުމެއް ދޮޅިއެޅޭކަށް ލަހެއް ފަހެއް ނުވާނެއެވެ. ރާއްޖެ މިދަނީ އެ މަގަށް ފެތެމުން ވެއްޓެމުންނެވެ. ރާއްޖޭގެ ވެރިކަމަށް ޑރ. މުއިއްޒު އެރީ ދުނިޔޭގެ ހަމަލަމައިން ބޭރުންނެވެ. 

ސިޔާސީ ވާދަވެރިކަމުގައި ރައިސް ޔާމީނު އިސްވެ ހުންނަވާ ފެއްޓެވި އިންޑިއާ އައުޓް ކެންޕޭން ވީ ރައީސް މުއިއްޒު ވެރިކަމަށް ބޭނުން ކުރެއްވި އެންމެ ތޫނު ހަތިޔާރަށެވެ. އިންޑިއާއިން ރާއްޖެ އަޅުވެތި ކުރަމުން ދާކަމަށް ރައްޔިތުންނަށް އޭނާ ވިސްނާދިނެވެ. އެހެން ކަމުން ރައީސް މުއިއްޒުވެރި ކަމަށް އިސްކުރީ އިންޑިއާ އައުޓް ކުރުމަށެވެ. ކަމުގެ ހައްސާސްކަން އެއްވެސް ވަރަކަށް ވަޒަންކޮށެއް ނުލައެވެ. 

އިންޑިއާ އައުޓު ޖައްސައިގެން އިދިކޮޅުގައި ތިބިއިރު އިންޑިއާއިން އެކަމަކާ އަޅައެއް ނުލައެވެ. އިންޑިއާއިން އިސްކަންދިނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި އަހުވަންތަ ގުޅުމަށެވެ. އެހެނެއް ކަމަކު ވެރިކަމަށް އައުމަށް ފަހުވެސް ރައީސް މުއިއްޒު އިންޑިއާ ދުށީ ރާއްޖޭގެ ހަތުރެއް ގޮތަށެވެ. ސިޔާސީ ވެރިންލައްވާ މުޅި އިންޑިއާއަށް ކުޑައިމީސްކޮށް އިންޑިއާއަކީ ގޮތެއް ފޮތެއް ނެތް ބައެއް ކަމަށް ސިފަކޮށް މަލާމާތާ ފުރައްސާރަ ކުރުން އިހުނަށްވުރެ ވެސް ބޮޑު ކޮށްލީއެވެ.

ދެނަކާ ދެނެއް ނެތެވެ. މުޅި އިންޑިއާގައި ރާއްޖެއާ ދެކޮޅުވެރިކަމުގެ ބާންޏެއް ފެތުރި ރާއްޖެ ބޮއިކޮޓް ކުރުމުގެ އަޑު ހިއްޕާލިއެވެ. ރާއްޖޭގެ އިގްތިސާދުގެ މައިތަނބު ކަމުގައިވާ ޓޫރިޒަމްގެ އެންމެ ބޮޑު ހިއްސާއެއް ކުރާ އިންޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމުގެ އަޑު ގުގުމާލުމަކީ ރާއްޖެއަށް ކުއްލިއަކަށް ލިބުނު ބޮޑު ގެއްލުމެކެވެ. ދަތްކޮއްޓާ އިލޮށިކޮޅެއްގެ މިންވަރުގެ އުފެއްދުންތެރި ކަމެއް ނެތް ފަތުރުވެރި ކަމަށް ބަރޯސާވާ ރާއްޖެއަށް އެއްވެސް ފައިދާއެއް ރަނގަޅެއް އޮތްކަމަކަށް އިންޑިއާ އާއި އެކު އޮތް ގުޅުން ހީނަރުވުން ނުވާނެއެވެ. 

ބައެއްގެ އުނގުން ނިކުތް ކަމަށް ބުނެ އަނެއް ބައެއްގެ އުނގަށް ވެއްޓިގަތުމަކީ ބައެއްގެ ބެކްޔާޑަށް ދިޔުން ނޫން ކަމަކަށް ނުވާނެއެވެ. ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ގޯސްވީ ދަނޑިވަޅު ބަލާފައި ޗައިނާއިން ރާއްޖޭގެ އަތުގައި ހިފުމުގެ ފަހަތުގައި އަޅުވެތި ކުރުން ނޫން އޮންނާނީ ވަކީން ކޮންކަމެއް ހެއްޔެވެ. އިންޑިއާ ކަނޑުގައި ޗައިނާގެ ހަން ފެތުރުމަށް ޗައިނާގެ ގޮނޑިކޮއްކޮ އަކަށް ރާއްޖެ ނުހަދާ ފަރުޖައްސާނެ ހެއްޔެވެ.

ދޭ ހިލޭ އެހީއާއި ވެވޭ އަޑިނޭނގޭ އެއްބަސްވުން ތަކުން ގެއްލެން އޮތީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ޗައިނާ އާއި އެކު ހަދާ އެއްބަސްވުމަކުން ނުގެއްލޭ އެއްޗެއް އިންޑިއާ އާއިއެކު ހެދި އެއްބަސްވުމަކުން ނުގެއްލޭނެއެވެ. ރާއްޖޭގެ އެއްވެސް ތާކަށް އިންޑިއާއިން ވެރިވެގަނެ އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްގެން އުޅޭ ތަން ނުފެނުނަސް ހަމަ ގައިމުވެސް ލަންކާގެ ހަންބަން ޓޯޓާއަށް ޗައިނާއިން ވެރިވެގަނެގެން އުޅޭތަން ފެންނަން އެބައޮތެވެ.  

ސައިޒް ނޭނގި މަތިހަށި ނަގައިގެން ތެޅެގަތީމާ ފައިދަތިވެސް އަޅުވާނެއެވެ. އެކެއްގެ އުނގުން ފުންމާލައިގެން އަނެކެއްގެ އުނގަށް ވެއްޓި ގަތުމަކީ މިނިވަން ކަމެއް ނޫނެވެ. މިނިވަން ކަމަކީ ކާންދޭ އަތުގައި ދަތް އެޅުމުގެ ލައިސަނެއް ނޫނެވެ.

]]>
Sun, 14 Jan 2024 15:21:21 +0500 ހީރަސްނިއުސް
އިންޑިއާ ސިފައިން ބޭލުމުގެ ކުރިން ބާލަންޖެހެނީ މުއިއްޒު https://heerasnews.com/2103 https://heerasnews.com/2103 ރައީސް ޑރ. މުއިއްޒަކީ މިވަގުތު ދިވެހި ދައުލަތުގެ އެންމެމަތީ ވެރިޔާއެވެ. ދިވެހި ރާއްޖޭގެ ސިފައިންގެ އެންމެ މަތީވެރިޔާއެވެ. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރަން މާތް ކަލާނގެ ގަންދީ ހުވާކޮށްގެން ހުރި މީހާއެވެ. ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ޒިންމާ ނަގައިގެން ހުރި އެންމެ އިސް މީހާއެވެ. 

ރާއްޖޭގެ ވެރިކަމަށް މުއިއްޒު އައީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާތެރި މިންވަރަކަށް ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބެގެން އެ މީހުން ބޭލުމަށެވެ. ސިޔާދަތީ ބާރުގެއްލޭ ވަރަށް އިންޑީއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ ރައްޔިތުން ބިރު ގަންނަވާނީ އެވަރުގެ ނުރައްކަލެއް އޮތްކަން ކަށަވަރު ވެގެންނެވެ. ރާއްޖޭގެ އެންމެ މަތީ ވެރިކަމާ ހަވާލުވާން މަސައްކަތްކުރާ މީހަކު ރާއްޖޭގެ ސިޔާދަތަށް އޮތް ނުރައްކަލުގެ ވާހަކަ ދައްކާނީ ވަރަށް ރަނގަޅަށް އެނގި ހުރެއެވެ. ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ވަރަށް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބީ ކޮންތާކު ކިހާވަރަކަށްކަން ޝައްކެއްނެތް މިންވަރަށް އެނގޭނެއެވެ. މިނިވަންކަމާ ސިޔާދަތާއި ގުޅުން ހުރި ވާހަކައަކީ ހީވާ ހީވުމަކަށް ދައްކާނެ ވާހަކައެއް ނޫނެވެ. ވެރިކަމަށް އަންނަން އުޅޭ މީހަކު އެ ޒާތުގެ ވާހަކައެއް ދައްކާނީ ޝައްކެއް ނެތް މިންވަރަށް ޔަގީން ކޮށްފައެވެ. 

ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަކީ ވެރިކަމަށް އައުމަށް ފަހު ނަން-ނެގޯޝިބްލް (މަޝްވަރާކުރެވެން ނެތް) ކަމެއްކަމަށް ބުނާނީ ގައިމު ޝައްކެތްނެތް މިންވަރަށް ކަށަވަރު ކަމަކަށް ވެގެންނެވެ. ވެރިކަމަށް ހުވާކޮށް އެންމެ ފުރަތަ ދުވަހު ކުރާނެ ކަމަކީ ރާއްޖޭގައި ތިބި އިންޑިއާސިފައިން ބޭލުން ކަމަށް ބުނެ ވެރިކަން ހޯދައިގެން ވެރިކަމުގެ ހުވާ ޑރ. މުއިއްޒު އެހުރީ ކޮށްގެންނެވެ. ނަން-ނެގޯޝިބްލް (މަޝްވަރާކުރެވެން ނެތް) ކަމެކޭ ބުނި، އިންޑިއާ ސިފައިން ފޭބުމުގެ އަމުރެއް ރިޔާސީ ގަރާރެއް ވިޔަސް އެދުވަހަކު ނުނެރުއްވައެވެ. ފުރަތަމަ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް އެފަދަ އަމުރެއް ނުނެރެއެވެ. އިންޑީއާ ސިފައިން ރާއްޖޭން ފައިބާކަށްވެސް އަދި ބާލާކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުއިއްޒު އަމުރެއް ކުރައްވާ ގަރާރެއް ނެރުއްވާފައެއް ނުވެއެވެ. ކުޑަ މިނުން ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނަރ ހާޒިރުކޮށް އިންޒާރު ކޮށްފައެއްވެސް ނުވެއެވެ. 

ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ސިފަކުރި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިވަރެއް ތިބިތަނެއް ސިފައިންގެ އެންމެ މަތީ ވެރިޔާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ނޫސްވެރިންގާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒަށް ރާއްޖޭގައި ތިބި ބޭރު ސިފައިންގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް ރަސްމީ ނޫސް ކޮންފަރެންސެއްގައި ރައީސް އޮފީހުގައި ހުންނަވާ ވިދާޅުވި ވިދާޅުވުމަކީ އާދައިގެ ކަމެއްނޫނެވެ. ހައްދިހަ ހަތެކޭ އަށްޑިހަ ނުވައެކޭ، ސާފު އަދަދެއް ސާފެއްނޫނޭ އަދަދުތައްވަނީ އޮޅުވާލާފައޭ ވިދާޅުވެގެން ފަރަކުނުޖެއްސެވޭނެއެވެ. ސިފައިންގެ އެންމެ މަތީވެރިޔާއަށް ވާނުވާ ނޭނގޭ ގޮތެއްގައި ރާއްޖޭގައި ހިދުކޮޅަކަށް ވެސް އަޝްކަރީ ބަޔަކު ތިބިއްޔާ އެއީ ނުރައްކާތެރި ކަމެކެވެ. ބިރުވެރި ކަމެކެވެ. ސިފައިންގެ އެންމެ މަތީވެރިޔާއަށް އެފަދަ ހައްސާސްކަމެއް އޮޅިވަޑައިގެން ހުންނެވުމަކީ ގައުމުގެ މިނިވަންކަމާ ސިޔާދަތު ނަގަހައްޓާ ދެމެހެއްޓޭވަރުގެ ގާބިލުކަން ޑރ. މުއިއްޒުގެ ކިބައިގައި ނެތްކަން ދަލީލުކޮށްދޭކަމެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭތީ އިންޑިއާ ސިފައިން ބާލަން ވެރިކަމަށް އައިމީހާއަށް ރާއްޖޭގައި އިންޑިއާސިފައިން ތިބިވަރާއި ތިބި ތަންތަނާ އެމީހުން ކުރާކަމެއް ސާފުކޮށް ނޭނގުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށްވުރެ ނުރައްކާތެރިކަން ބޮޑު ކަމެކެވެ. އޭގެން އެސާބިތުކޮށްދެނީ ޑރ. މުއިއްޒުގެ ނާގާބިލުކަމެވެ. 

ވެރިކަމަށް ނާގާބިލު މީހަކު ވެރިކަމުން ބޭލުމަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ. އިންޑިއާ ސިފައިން ބޭލުމުގެ ކުރިން ބާލަންޖެހެނީ ޑރ. މުއިއްޒެވެ. ގައުމީ ސަލާމަތަށްޓަކައެވެ.    

]]>
Fri, 15 Dec 2023 15:10:40 +0500 ހީރަސްނިއުސް
މުއިއްޒުގެ ވެރިކަން ނިންމުމުގެ ބަރުގޮނުގެ އަޑު އައްސަވާ https://heerasnews.com/2095 https://heerasnews.com/2095 ދުނިޔޭގެ ތާކު ވެރިއަކު އަޒުލު ކުރަންޏާ ދެން އެންމެ އަވަހަށް އަޒުލު ކުރެވޭނެ ވެރިއަކީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުއިއްޒެވެ. ސަބަބުތައް ބައިވަރެވެ. ދައުރު ހަމަނުކޮށް ވެރިކަން ބަދަލު ކުރުމަކީ މާސަޅި ކަމަކަށް ވަނީއެއް ނޫނެވެ. އެހެން ގޮތެއް ނެތެނީއެވެ. 

ފަސް އަަހަރުގެ ދައުރަކަށް ރައްޔިތުން ވެރިކަމަށް މީހަކު ހޮވުމަކީ އެ މީހަކު ކުރާނެހާ ކަމެއް ކުރާނެހާ ގޮތަކަށް ކުރުމަށް ދެވޭ ލައިސަނެއް ނޫނެވެ. ދައުރު ހަމަނުކޮށް ވެރިކަން ބަދަލު ކުރެވޭނެ އިޖުރާތެއް ލިޔެވިފައި އޮންނަނީ ވެރިކަމުން ވެރިން އަޒުލް ކުރަން ޖެހޭނެ ތީއެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި އެ ވާހަކަ ލިޔެފައި އޮތީ އޮޅުމަކުން ނޫނެވެ. އެ ވާހަކައަކީ އެހެން ތަންތާގެ ގާނޫނު ތަކުގައި ލިޔެފައި އޮންނާތީ ލިޔެފައި އޮތް އެއްޗެއްވެސް ނޫނެވެ. 

ދާދި މިދާކަށް ދުވަހު ރައީސް ނަޝީދުގެ ވެރިކަމަށް މަހެއް ނުވެ ކޯލީޝަން ރޫޅި ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި އިދިކޮޅު ހަރަކާތްތައް ފެށި ޕްރެޝަރ ބޮޑުވެ ދައުރު ނުނިންމާ ވެރިކަމުން އިސްތިއުފާ ދެއްވަން ރައީސް ނަޝީދަށް ޖެހިވަޑައިގަތެވެ. އޭރު ކޯޓްތަކާއި ސިފައިންނާ ފުލުހުންނާ މަޖިލީހުގެ މެޖޯރިޓީއާއި ގިނަ ސިޔާސީ ޕާޓީތަކާއި ކްލަބް ޖަމްއިއްޔާތަކަށް ދާންދެން އޮތީ ރައީސް ނަޝީދާ ދެކޮޅަށެވެ. ރައީސް ނަޝީދުގެ ވެރިކަން އިންގިލާބު ކޮށްލި ކޮށްލުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީން އަދިވެސް ދެކެނީ ބަގާވާތެއްގެ ގޮތުގައެވެ. އެކަމަކު އެކަން ވެސް އެ އޮތީ ވެފައެވެ. 

ރައީސް ނަޝީދަށް ފަހު ވެރި މީހާ ބަދަލު ވަމުން އައިސްފައިވަނީ ވޯޓުންނެވެ. ވޯޓުން ރައީސަކާއި ނައިބު ރައީސަކު ހޮވާފައި ތިއްބަސް ރައީސް ބަހައްޓާފައި ނައިބު ރައީސް ވައްޓާލުމަކީ ވެސް ރާއްޖެ ކޮށްފައިވާ ތަޖުރިބާއެކެވެ. ރައީސް ޔާމީނު ވެރިކަމުގައި މަޖިލިސް ތެރެއިން ދެ ނައިބު ރައީސުން އަޒުލް ކުރިއެވެ. އެގޮތްވެސް ރައްޔިތުން އޮތީ ލޮލުން ބޮލުން ގަބޫލުކޮށްފައެވެ. ރައްޔިތުން އިންތިހާބު ކުރި ނައިބު ރައީސް އަޒުލު ކުރުމަކުން އެއީ ނުކުރެވޭނެ ކަމަކަށް ވެގެނެއް ނޫޅެއެވެ.

ދައުރު ހަމަނުކޮށް ނައިބު ރައީސް އަޒުލުކޮށްގެން ކަމުދަންޏާ ރައީސަކު ދައުރު ހަމަ ނުކުރަނީސް ވެރިކަމުން ބޭލުމަކީ މައްސަލައެއް ނޫންތާއެވެ. މަކަރާ ހީލަތުން ވެރިކަން ހޯދުމާއި ގާނޫނާ ހިލާފަށް ވެރިކަން ކުރުމަކީ ރައީސް އަޒުލު ކުރެވޭނެ ކަންކަމެވެ.

ފްލެޓް ދައްކައިގެން މަކަރާ ހީލަތުން ފައިސާ ޓަކައިގަންނަ މަންޑޭމެން ކަހަލަ މީހުން ކުށްވެރި ވަންޏާ ސަހުސު އޮޅުވާލައިގެންނާއި ގައުމީ ސަލާމަތައް ނުރައްކާވާ ޒާތުގެ ދޮގު ވާހަކަ ދައްކާ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ޓަކައިގެންކަން ސާބިތު ވުމުން މުއިއްޒެއް ކަމަކު ވެރިކަމުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތެވެ. 

ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ދުނިޔޭގެ ކޯޓަކުން ނިންމާ ނިންމުމަކަށް އިހުތިރާމްނުކޮށް ރާއްޖޭގެ ކަނޑު ކުރީ ސަރުކާރުން ވިއްކާލި ކަމަށް ބުނެ ރައްޔުތންނަށް މުއިއްޒު ވަނީ އޮޅުވާލާފައެވެ. އައްޓެރި ގައުމަކުން ރާއްޖޭގެ މިނިވަންކަން ފޭރިގަންނަ ވާހަކައާއި އެ ގައުމުގެ އެތައް ހާސް ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބިކަމަށް ބުނެ ރައްޔިތުން ބިރުގެންނެވިއެވެ. އިންޑިއާއިން ރާއްޖެއާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރާވަރުގެ ތުހުމަތު އިންޑިއާ އާއި ދެކޮޅަށް ކުރުމުގެ ސަބަބުން ބައިނަލް އަގުވާމީ ގުޅުމަށް މުއިއްޒު ބުރޫ އެރުވިއެވެ. މުއިއްޒު ވެރިކަމުގައި ހުރެއްޖެ ނަމަ ރާއްޖެއާ ދެކޮޅަށް އިންޑިއާއިން ދަތިކުރުމުގެ ފިޔަވަޅު ނާޅާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. 

މުއިއްޒު ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް ދެއްކި ވާހަކަތައް ސާބިތު ވުމުން ރާއްޖޭގެ ވެރިކަމުން މުއިއްޒު އަޒުލު ކުރަން މަޖުބޫރެވެ. މުއިއްޒު ރާއްޖޭގެ ރައީސް ކަމުގައި އިތުރަށް ބަހައްޓައިގެން ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ތެރެއަށް ވަނުމުގެ ބިރު އެބަ އޮތެވެ. ރާއްޖެއަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އެބައޮތެވެ. ވެރިކަން ހޯދުމަށްޓަކާ ހިތުހުރި ވާހަކައެއް ދައްކާ ހިތުހުރި ކަމެއް ކޮށްގެން ވެރިކަން ޓަކައިގަތުމުގެ ދޮރު އަބަދުގެ އަބަދަށް ބަންދު ކުރުމަކީވެސް ކުރަން ޖެހޭކަމެކެވެ. މިހާރު ގައުމާ ރައްޔިތުންނަށް އޮތް އެންމެ ހެޔޮގޮތަކީ ދައުރު ހަމަކުރަން ނުބަހައްޓާ އަވަހަށް މުއިއްޒު އަޒުލުކުރުމެވެ.

]]>
Mon, 11 Dec 2023 17:25:05 +0500 ހީރަސްނިއުސް
އިންޑިއާ ނޫން ގައުމެއްގެ ސިފައިން ނެތް ގައުމަކަށް ރާއްޖެ!؟ https://heerasnews.com/2070 https://heerasnews.com/2070 ޑރ. މުއިއްޒު ވެރިކަމާ ހަވާލުވާ ސުން ސިކުންތުން ފެށިގެން ބޭރު ގައުމެއްގެ ސިފައިންގެ ބޫޓު ޖޯޑަކަށް ވެސް ރާއްޖޭގައި ޖާގަ ނުއޮންނާނެ ކަމަށް ބުންޏެވެ. ފިސާރި ފަލަކޮށް ދަމާނެ ސިޔާދަތީ ރަތް ރޮނގެއްގެ ވާހަކަ ދެއްކިއެވެ. ރާއްޖޭގައި ތިބިއްޔާ ތިބި އިންޑިއާ ސިފައިންނެއް ބޭލުމަކީ "ނަން ނެގޯޝިބްލް" ކަމެކޭވެސް ބުންޏެވެ. 

އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދައްކާނެ ވާހަކައެއް ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށް އެތައް ފަހަރަކު އެތައް ތަނެއްގައި ވަނީ ބުނެފައެވެ. ވެރިކަމަށް އިންތިހާބުވެ ވެރިކަމާ ހަވާލުވުމާ ދެމެދު ހޭދަވި އިންތިގާލީ މަރުހަލާގައި ވެސް ބުނަމުން އައީ ޝަރުތެއްނެތި އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށެވެ. 

ވެރިކަމުގެ ހުވާ ކުރުމަށްފަހު ގައުމާ މުހާތަބު ކޮށް އަޑަށް ބާރުލައްވާ ވިދާޅުވީ ފިސާރި ފަލަކޮށް ސިޔާދަތީ ރަތް ރޮނގު ދަންމަވާނެ ކަމަށެވެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތު ނުވާނެކަމަށެވެ. ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެ ކަމަށެވެ.

އަޝްކަރީ ބޭނުމެއްގައި ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ނުތިބޭ ކަމަށް ކުރީގެ ރައީސުން އެ ބޭފުޅުންގެ ވެރިކަމުގައި ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވެސް ރައީސް ޔާމީނު ވެސް ރައީސް ސޯލިހު ވެސްމެއެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ވިދާޅުވަމުން އައީ އެއްވެސް ބޭނުމެއްގައި އެއްވެސް ވަރަކަށް ބޭރުގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ. ތިބިނަމަ ތިބި ސިފައިންގެ ބައެއްގެ އަތުގައި ހަތިޔާރު ހުރުމާއި ނެތުން މުހިންމު ނޫންކަމަށް ރައީސް މުއިއްޒު ދެކިވަޑައިގަތެވެ. 

ރައީސް މުއިއްޒުގެ ވެރިކަމަށް ތިން ހަތްދުވަސް ވަނީއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދެއް ރައީސަށް އެނގިވަޑައެއް ނުގަންނަވައެވެ. އިންޑިއާ ސިފައިން ބޭލުމަކީ ދޫދިނުމެއް މަޝްވަރާ ކުރުމެއް ނެތް ކަމެއްކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފާ ވާއިރު މުޅި މަންޒަރު ފެންނަނީ ބަދަލުވަމުން ދާތަނެވެ. 

ފަލަކޮށް ދަންމަވައިގެން ހުންނެވި ރަތް ރޮނގުގެ ތެރޭގައި ތިބިކަމަށް އަމިއްލަފުޅަށް ވިދާޅުވާ އިންޑިއާ ސިފައިން ބޭރުކޮށެއް ނުލެއްވުނެވެ. ދޫދިނުމެއް މަޝްވަރާކުރުމެއް ނެތްކަމަށް ވިދާޅުވި އިންޑިއާސިފައިން ބޭލުމަކީ ބުނެކިޔާ އާދޭސްކޮށްގެން ކުރަން ޖެހޭ ކަމަކަށް ވެއްޖެއެވެ. ޑިޕްލޮމަސީ އިސްކޮށް މަތީފެންވަރުގެ ގުޅިފައިވާ މަޝްވަރާ މަޖިލީހަކުން ނިންމާ ގޮތަކަށް ނޫނީ ކުރެވެން ނެތް ކަމަކަށް މިހާރު ވެއްޖެއެވެ.

އަޖައިބެއް ނުވާނެހެއްޔެވެ. އިންޑިއާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމަކީ ދެގައުމުގެ މަތީފެންވަރުގެ ގުޅިފައިވާ މަޝްވަރާ މަޖިލީހަކުން ވާހަކަ ދައްކައިގެން ކުރަންޖެހޭ ވަރަށް ގޯސްވެފައިވާ ގުޅުމަކަށް ބަދަލުވީ ގައިމު ބަޔަކަށް ކަމެއް ގޯސްކޮށް ކުރެވިގެންތާއެވެ.

ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ބައްދަލު ކުރެއްވުމުން ވެސް އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ސީދާކޮށް ދައްކަވަން ރައީސް މުއިއްޒަށް ކެރިވަޑައި ނުގަތީ ބޮޑުވެގެންވާ ގޯސްތަކެއް ގައިމު ހެއްދެވިފައި ހުރެގެންތާއެވެ. 

ވެރިކަން ހޯއްދެވުމުގެ ދަހިވެތިކަމުގައި ގުރުބާން ކުރެއްވީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ އެއްބަޑު އެއްބަފާ ވަންތަ ގުޅުމެވެ. ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުން މިހާރުވަނީ "ނަން ނެގޯޝިބްލް" ކަމަކުން "ނެގޯޝިބްލް" ކަމަކަށް ބަދަލުވެފައެވެ. 

ވެރިކަމަށް ހުވާކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި "ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެ" ކަމަށް އެ ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިއާ ނޫން ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ގައުމަކަށް ރާއްޖެ ހަދާނެ ވާހަކަ އޭ މިހާރު އެބަ ހީވެއެވެ.

]]>
Mon, 04 Dec 2023 13:20:51 +0500 ހީރަސްނިއުސް
ފުރަތަމަވެސް ވިދާޅުވީ އެއްވެސްކަމެއް ނުކޮށްދެއްވޭނެ ކަމަށް https://heerasnews.com/2062 https://heerasnews.com/2062 ނޮވެންބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް މުއިއްޒު ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވީ ނިކަން ހުތޫރަރްތެރި ވަޅުގަނޑެއްގެ ތުންފަތް މަތީގައި ހުންނެވި ކަމަށެވެ. އެ ވަޅުގަނޑަކީ ރައްޔިތުންގެ އުންމީދުތަކާ ރައީސް މުއިއްޒު އެކުލަވާލައްވާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ ދެމެދު އޮތް ވަޅުގަނޑެއް ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް މުއިއްޒު ރައްޔިތުން ގާތުގައި އެ ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ކިތަންމެ ފޮންޏަސް މުއިއްޒު ސަރުކާރުން ރައްޔިތުންގެ އެދުންތައް ހާސިލުކޮށް ދެއްވެންނެތް ވާހަކައެވެ. ރައްޔިތުންގެ އުންމީދުތައް ސަރުކާރަށް ފުއްދާ ދެވޭނީ އެ ވިދާޅުވާ ފުންވަޅުގަނޑަކަށް ފަސްއަޅާ ފޮރުވުނު ދުވަހަކުން ކަމަށެވެ. 

ވަރަށް ސާފުކޮށް ރައީސް މުއިއްޒު އެ ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދު އޮތް ގޮތުން އެއްވެސް ކަމެއް ކޮށްދެއްވެން ނެތް ވާހަކައެވެ. ސަރުކާރުގެ ކަމަކަށް ވާނީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްނުދީ މުސާރަ ނަގައިގެން ކާލަކަލާ ތިބުމުން ކަމަށެވެ. ބަހަނާއަކަށް ހެއްދެވީ ދައުލަތުގެ ދަރަންޏެވެ.

ތާރީހު ދުށް އެންމެ ގިނަ މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުން ހިމެނޭ ބިޔަ ސަރުކާރެއް އެކުލަވާލެއްވުމުން އިފްތިތާހީ ތަގުރީރުގައި އެދެއްކެވި ވާހަކަފުޅުގެ މަތުލަބު ވަރަށް ސާފެވެ. އެއް އާއިލާއަކުން ތިން ހަތަރު ވަޒީރުންނާއި ވަޒީރުން ފެންވަރުގެ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އައްޔަނު ކުރެއްވީމާ ބައިއަޅާލައިގެން ދައުލަތް ދަވާލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ނޭނގިއެއް ނުދާނެއެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ކުންފުނިތައް ހިންގުމަށް ގަވާރނިންގ ބޯޑަކާއި މެނޭޖިން ޑިރެކްޓަރަކު ހުންނައިރު ރައީސް އޮފީހުގައި މިނިސްޓަރު ފެންވަރުގައި އިގްތިސާދީ ކަންކަމަށް ހާއްސަ އެޑްވައިޒަރެއް ހުންނަވައެވެ. ބުނެވި ދިޔަ އެންމެން ތިއްބާ ކުންފުނިތައް ހިންގުން ރަގަޅުކުރުމަށޭ ކިޔައިގެން މާލީ ވުޒާރާއަށް ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓެންޓަކު އެބަ ހޯދައެވެ. އަދިވެސް ބަޔަކަށް ރަނގަޅު އަދަދެއްގެ ފައިސާ ކޮޅެއް ދޭންވެފައި އޮތީތާއެވެ.

ހުވާކުރެއްވުމަށް ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ހަރަދު ކުރުވާ ރައީސް ހުންނަވާ ގެއަށް ކުރަންޖެހޭ ހަރަދު ދައުލަތުން އަމިއްލަފުޅު ގެއަށް ކުރައްވަމުން މުލިއާގޭގެ މަރާމާތަށް އެތައް މިލިޔަނެއް އެބަ ހަރަދުކުރައްވައެވެ.

ހުޅުމާލެއާއި މާލެ ގުޅުވާދޭ މަގުގެ އަރިމަތީގައި ޖަހާނިމި ހިދުމަތް ފަށަން ތައްޔާރުވެފައިވާ ސޯލަރ ހަރުތައް އެތަނުން ނަގާ އެހެން ރަށަކަށް ބަދަލުކޮށް ހެދުމަށް ސަތޭކަ އެތައް މިލިޔަން ރުފިޔާއެއް ހަރަދުކުރަން ކަނޑައަޅުއްވައިފިއެވެ. ފަށައިގެން ހިނގަހިނގާ ނުނިމިހުރި އަސާސީ ހިދުމަތުގެ އެތައް މަޝްރޫއެއް ހުއްޓާލާ ކުރެވިފައިވާ ވާކަންކަން ފަނާވާން ދޫކޮށް ލެއްވުމަށްފަހު 400 މިލިޔަން ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކަން ނިންމަވައިފިއެވެ. 

އިފްތިތާހީ ތަގްރީރުގައި އެވިދާޅުވި ހުތޫރަތްތެރި ވަޅުގަނޑުގެ ތުންފަތް މަތީ ހުންނަވައިގެން ވަޅުގަނޑަށް ފަސްލެއްވުމުގެ ބަދަލުގައި ވަޅުގަނޑު ކުރައްވަނީ ފުނެވެ. ވެރިކަމަށް ހެޔޮވަރުގެ ފަނަރަ ދުވަސް ނުވަނީސް ވެސް ތުންފަތްމަތީ ގުދަށް އޮންނަވައިގެން ތިޔަ ކުރައްވާ ކަމަކުން ވެއްޓިވަޑައިގަތުން ގާތީ ވަޅުގަނޑަށް އެކަންޏެއް ނޫނެވެ. ވެއްޓިވަޑައި ގަންނަވާނީ އަމިއްލަފުޅު އަގުވެސް މެއެވެ.

]]>
Thu, 30 Nov 2023 15:54:49 +0500 ހީރަސްނިއުސް
އަޒުލް ކުރެވޭ ފުރަތަމަ ރައީސަކަށް ޑރ. މުއިއްޒު؟ https://heerasnews.com/2042 https://heerasnews.com/2042 ޑިމޮކްރެޓިކް ހަޔާތުގައި ވެރިކަން ބަދަލު ކުރުމުގެ ތަޖުރިބާ ރާއްޖޭން ތަފާތު ގޮތް ގޮތަށް ކޮށްފިއެވެ. ޑިމޮކްރަސީގެ ޅަފަތުގެ ތަޖުރިބާއޭ ކިޔަމާ ހިނގާށެވެ. ޑިމޮކްރަސީގެ މައިގަޑު އަސާސަކީ ގިނަ މީހުން އެދޭގޮތެވެ. 

2008ގައި ވަތަން އެދުނީ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ވޯޓުން ނިންމުމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރު ނިމުނީ އެކަކަށްވެސް ސަރުކާރެއް އުފެއްދޭ ވަރަށް ވޯޓު ނުލިބި ރައީސް މައުމޫނު ކުރީގައި އޮވެއެވެ. ދެވަނަ ބުރުގައި ރައީސް މައުމޫނުގެ ވެރިކަން ނިންމުމަށް ވަތަން އެދޭ އިއްތިހާދު ހަދައިގެން ރައީސް މައުމޫނު ބަލިކޮށް ރައީސް ނަޝީދަށް ވެރިކަން ހޯދާދިނީއެވެ. 

ރައީސް ނަޝީދުގެ ވެރިކަމަށް މަހެއް ނުވެ ކޯލީޝަން ރޫޅި ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި އިދިކޮޅު ހަރަކާތްތައް ފެށުނެވެ. އެންމެ ފަހުން ޕްރެޝަރ ބޮޑުވެ ދައުރު ނުނިންމާ ވެރިކަމުން އިސްތިއުފާ ދެއްވަން ރައީސް ނަޝީދަށް ޖެހިވަޑައިގަތެވެ. އޭރު ކޯޓްތަކާއި ސިފައިންނާ ފުލުހުންނާ މަޖިލީހުގެ މެޖޯރިޓީއާއި ގިނަ ސިޔާސީ ޕާޓީތަކާއި ކްލަބް ޖަމްއިއްޔާތަކަށް ދާންދެން އޮތީ ރައީސް ނަޝީދާ ދެކޮޅަށެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެ ވަޑައިގެން ދައުރުގެ ނުނިމި އޮތްބައި ފުރިހަމަ ކުރެއްވީ ރައީސް ނަޝީދުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ހިންގެވީ ރައީސް ނަޝީދުގެ ސިޔާސަތެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަން އިންގިލާބު ކޮށްލި ކޮށްލުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީން އަދިވެސް ދެކެނީ ބަގާވާތެއްގެ ގޮތުގައެވެ. 

2013 ގައިއޮތް ރިޔާސީ އިންތިހާބަކީ މައްސަލަތަކުން ފުރިފައިވާ އިންތިހާބެކެވެ. އިންތިހާބުގެ ފުރަތަ ބުރުގެ ނަތީޖާ އައީ ވެރިކަން ލިބޭ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓުނުލިބި ދެވަނަ ބުރަށް ދާންޖެހޭ ގޮތަށެވެ. 2013ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު އެންމެ ކުރީގައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ނަޝީދެވެ. ދެވަނައިގައި އޮތީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުއްލާ ޔާމީނެވެ. އެހެން ނަމަވެސް އިންތިހާބުގައި މައްސަލަ ތަކެއް އޮތްކަމަށް ބުނެ ކޯޓުން އިންތިހާބު ބާތިލު ކުރިއެވެ. ސްޕްރީމް ކޯޓުގެ ގައިޑް ލައިނެއްގެ ދަށުން އަލުން އިންތިހާބު ބޭއްވުމަށް އަމުރުކޮށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ދެވަނަ ފަހަރަށް ބާއްވާ ހުވާގެ ދުވަސް ލަސްކޮށްގެންވެސް ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ކޮށްދިނީ ކޯޓުންކަމަށް ގިނަ ބަޔަކު ތުމަތު ކުރެއެވެ. 

ރައީސް ޔާމީނު ވެރިކަމުގައި މަޖިލިސްތެރެއިން ދެނައިބު ރައީސުން އަޒުލް ކުރިއެވެ. ރައީސް ބޭނުންފުޅު ވެގެންނެވެ. ރައީސް ޔާމީނުގެ ފަސް އަަހަރުގެ ދައުރު ނިންމާ 2018ގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ނުހޯއްދެވި ބަލިވެ ވަޑައިގަތީ އެއްބުރުންނެވެ. ކޯލިޝަން ވެރިކަމެއް ކުރައްވާ ދައުރެއް އެެއް ނައިބު ރައީސަކާއެކު މައްސަލަ ނުޖެހި ނިންމަވާލެއްވުމުގެ ރެކޯޑާއެކު ރައީސްް ސޯލިހު ފަސް އަހަރުގެ ވެރިކަން ނިންމަވާލެއްވީ ޑރ. މުއިއްޒާ ވާދަކުރައްވާ ބަލިވެ ވަޑައިގެންނެވެ. 

2023 ގެ ރިޔާސީ އިންތިހާބުވީ ޑިމޮކްރެޓިކް ހަޔާތުގެ ތަފާތު ތަޖުރިބާ ތަކެއް ކުރެވުނު އިންތިހާބަކަށެވެ. ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަ ކުރިޔަސް ރައްޔިތުންގެ ތާއީދު ބޮޑުކޮށް އޮތީ ދެ ޕާޓީއަކަށް ކަން ކަށަވަރު ވެގެން ދިޔައެވެ. އެންމެ ގިނަވޯޓު ހޯދި ދެޕާޓީއާއި އެންމެ ގާތުން ވާދަކުރި ތިންވަނަ ޕާޓީއަށް އެންމެ %7 ވޯޓް ލިބުމުން ރައްޔިތުން ޕާޓީ ނިޒާމަށް ފަރިތަވެފައި ވާވަރު ސާފުވެގެން ދިޔައެވެ.

2023ގައި އިންތިހާބު ކުރެވުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނު ހިސާބުން ވެސް ކުޅުއްވަން ޖެހިވަޑައިގެންފައި އޮތީ ދިފާއަށެވެ. މަޖިލީހުގައި ތިއްބެވީ ސަރުކާރަށް ތާއީދުކުރާ ގިނަވެގެން ހައެއްކަ މެންބަރުންނެވެ. ސަރުކާރުގެ ސީދާ ކޮންޓްރޯލް އޮތީ އެންމެ ދެ މެންބަރުންގެއެވެ. ތާއީދު ހޯއްދެވުމަށް ބޭނުން ކުރެއްވި ރޫހާނީ ލީޑަރު ރައީސް ޔާމީނު ސަރުކާރާ ވަތްކަނޑާލައިފިއެވެ. މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. ސަރުކާރުގެ މާލީ ފޯރުން ތެރިކަން އޮތީ އިންތިހާއަށް ދަށުގައެވެ. 

ވައިމަތި ފެންނަގޮތުން ރާއްޖެ މިދަނީ އަނެއްކާވެސް ޑިމޮކްރަސީގެ އައުތަޖުރިބާއެއް ކުރުމާ ދިމާއަށެވެ. ވޯޓުންނާ ކޯޓުންނާ މަގުމަތީން ވެރިކަން ބަދަލުކޮށްފިއެވެ. ނުކޮށް އޮތީ ގާނޫނީ އިމުގެތެރެއިން މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމެވެ. އަޒުލް ކުރެވޭ ފުރަތަމަ ރައީސަކަށް ޑރ. މުއިއްޒު ނުވެދާނެ ބާވައެވެ. 

]]>
Sat, 25 Nov 2023 14:05:43 +0500 ހީރަސްނިއުސް
ބާވީސް މިލިޔަން ބައިގަޑި އިރުން ބާދަގަނޑަށް https://heerasnews.com/2010 https://heerasnews.com/2010 ގައުމު ދަރާ ބޯހިކޭކަށް ނެތެވެ. ޑިސެންބަރ މަހުގެ މުސާރަ މުއައްޒަފުންނަށް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އެބަ ވިދާޅުވެއެވެ. ގައުމު އެކީ އެކައްޗަކަށް ބަނގުރޫޓްވެފައި ވާކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ. ޑރ. މުއިއްޒުގެ އެކޮނޮމިކް މިނިސްޓަރ ކަމަށް ބެލެވޭ މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު ސައީދު ވެސް މަޖިލީހުގައި ކެނޑިނޭޅި ދައްކަވަނީ އެ ވާހަކައެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ޑރ. މުއިއްޒުގެ ފިޝަރީޒް މިނިސްޓަރ ކަމަށް ބުނެވޭ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ޝިޔާމް ވެސް މަޖިލީހުގައި އަބަދު ދައްކަވަނީ ރާއްޖެ ބަނގުރޫޓްވާ ވާހަކައެވެ. 

ޑރ. މުއިއްޒު ރިޔާސީ ކެންޕޭނުގައި އެންމެ ބާރަށް ދެއްކެވި އެއް ވާހަކަފުޅަކީވެސް ގައުމު ދަރަނިވެރިވެ ބޯހިކެން ނެތް ވާހަކައެވެ. ސަރުކާރުން ކޮންމެހެން ކުރަން ނުޖެހޭ ބޭކާރު ހަރަދުކޮށް ދައުލަތުގެ ފައިސާ އިސްރާފް ކުރާވާހަކައެވެ. ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭބޭފުޅުންގެ މަސްލަހަތު ހުރި ކުންފުނިތަކަށް ފައިސާ ލިބޭ ގޮތަށް ދައުލަތުގެ މަސައްކަތްތައް ކުރުވާ ވާހަކައެވެ. 2026 ވަނަ އަހަރަށް ދާއިރު ދަރަނި އަދާ ކުރެވޭނެ ގޮތެއް ފެންނަން ނެތް ވާހަކައެވެ. 

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ރައްޔިތުންގެ ޑިމާންޑް ތަކަށް ޑރ. މުއިއްޒު ބޮޑެތި ވައުދުތައް ވެވަޑައިގަތެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށް ވައުދުވެ ވަޑައި ގަތުމަކީ މައްސަލައެއް ނޫންކަމަށް ބަލަމާ ހިނގާށެވެ. އެވާހަކަ އެއްފަރާތުގައި ބާއްވާމާ ހެއްޔެވެ.

މުއިއްޒު އިންތިހާބުވެ ވަޑައިގަތުމަށް ފަހުވެސް ކޮންމެހެން މަޖުބޫރު ހަރަދެއް ނޫނީ ނުކުރައްވާނެ ކަމަށް ހީކުރެވުނެވެ. ކިތަންމެ ހަރަދު ކުޑަކުރައްވަން އުޅުއްވިޔަސް ހިނގާ މަޖުބޫރު ހަރަދުތަކެއް ހުންނާނެ ވެސް މެއެވެ. އެހެން ކަމުން ސަރުކާރު ކުޑަކޮށް ކޮންމެހެން ނުކޮށް ނުވާނެ ހަރަދެއް ނޫނީ މުއިއްޒު ނުކުރައްވާނެ ކަމަށް ގަބޫލު ކުރެވުނެވެ. އެހެނަސް މަންޒަރު ފެންނަނީ އެހެނަކުން ނޫނެވެ. 

22 ވުޒާރާ އުފައްދަވާ ކަމަށް މައުލޫމާތު ލިބެއެވެ. އެއިން ކޮންމެ ވުޒާރާއަކަށް ވަޒީރަކާއި އެއަށް  ވާވަރަށް ސިޔާސީވެރިން ލައްވަން ޖެހިވަޑައިގަންނަވާނެއެވެ. ކޮންމެ ވުޒާރާއެއްގައިވެސް އެކަށީގެންވާ އިދާރީ އޮނިގަޑެއް އެކުލަވާލާ އިދާރީ މުއައްޒަފުން ހަމަ ޖައްސަން ޖެހި ވަޑައި ގަންނަވާނެއެވެ. ކުރިން އެއް ފުރާޅެއްގެ ދަށުގައި ތިބި މަލްޓިޓާސްކް މުއައްޒަފުން ބައިބައިވެގެން ވަކި އޮނިގަނޑު ތަކެއްގެ ދަށުގައި ވަޒީފާ އަދާކުރަން ޖެހުމުން ކޮންމެ ވުޒާރާއަކަށްވެސް އިތުރު އިދާރީ މުއައްޒަފުން ބޭނުން ނުވެއެއް ނުދާނެއެވެ. ގައުމު އޮތް ހާލަތަށް ބަލާއިރު މިއްޔަކީ ހަރަދު ކުޑަ ކުރުމެއް ކަމަކަށް ނުވާނެއެވެ.

އަނެއްކޮޅުން ރައީސް ކަމުގެ ހުވާކުރުމަށް ގާނޫނީ ގޮތުން ލާޒިމް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބޭއްވެއެވެ. ދެކޮޅު ނުޖެހި ދަރާ ވިކިފައިވާ އިރެއްގައި ރައީސް ކަމުގެ ހުވާ މަޖިލީހުގެ ތަޅުމުގައި ކޮށްލެއްވުމުން ގާނޫނީ ވާޖިބު ފުރިހަމަ ކުރެވެއެވެ. މަންޒަރު ދެއްކެވުމަށް މަޖިލީހުގެ ތަޅުމާއި ގެލެރީތައް މެހެމާނުންނަށް އެއޮތީއެވެ.

އެމެރިކާގެ ރައީސުން ހުވާކުރުމަށް ކެޕީޓަލް ބިލްޑިންގގައި ބާއްވާ ވަރުގެ ބޮޑު ރަސްމިއްޔާތެއް ނުބާއްވާ ހަމަ ނުފުދެނީ ހެއްޔެވެ. ނަމުގައި ސިފައިންގެ ކުންފުންޏަށް މަސައްކަތް ދީގެން އޭގެތެރެއިން އަޑުގަދަކުރާ ނިޒާމް ގާއިމުކުރުން ފަދަ ކަންކަން އަރިސް ބޭބޭފުޅުންނަށް ބައި އެޅޭގޮތަށް ދެއްވައިގެން  ޖުމްހޫރީ މައިދާނުގައި ޖުމްހޫރީ ދަރުބާރެއް ނުހަދާ ވާންނެތީ ދޮގެއްތޯއެވެ. މުއައްޒަފުންނަށް މުސާރަ ނުދެވޭ ވަރަށް ދައުލަތުގެ މާލީ ހާލަތު ދަށްވެފައިވާ އިރެއްގައި ބާވީސް މިލިޔަން ރުފިޔާ ބައިގަޑި އިރުން ބާދަގަނޑަށް ދުއްވާލަން ހަމަ އޯކޭ ދޮގެއްތޯއެވެ.

]]>
Thu, 16 Nov 2023 15:14:23 +0500 ހީރަސްނިއުސް
އިންޑިއާ ބޮޑުވަޒީރުގެ ތަހުނިޔާ ރާއްޖެއަށް https://heerasnews.com/1990 https://heerasnews.com/1990 ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި ދިވެހި ރައްޔިތުނަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ތަހުނިޔާ ފޮނުއްވައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއަން ހައިކަމިޝަނުން މިއަދު ކުރި ޓްވީޓްގައި އެވާހަކަ ބަޔާންކޮށްފައި ވެއެވެ.

ރާއްޖޭގެ 55ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހަށާއި ދިވެހި ސަރުކާރަށާއި ރަހުމަތްތެރި ދިވެހި ރައްޔިތުންނަށް އިންޑިއާގެ ބޮޑުވަޒީރު ސްރީ ނަރަންދުރަ މޯދީ ފޮނުއްވާކަމަށް އެ ޓްވީޓްގައި ވެއެވެ. މޯދީގެ ތަހުނިޔާގެ ލިސްޓްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ގެންނަވަފައި ނުވާކަން ފާހަގަ ކުރެވެއެވެ.

]]>
Sat, 11 Nov 2023 11:49:59 +0500 ހީރަސްނިއުސް
2028 ރައީސް ޔާމީނަށް ލިބިވަޑައެއް ނުގަންނަވާނެ https://heerasnews.com/1953 https://heerasnews.com/1953 ރައީސް ޔާމީނެއް ކަމަކު ދެހަރާ ވާގޮތަށް ވާހަކަ ނުދައްކަވާށެވެ. އިރެއްގައި ޕީޕީއެމް - ޕީއެންސީ އަކީ އެކަށްޗަކަސް މިހާރު ތިޔައީ އެކައްޗެއް ނޫނެވެ. އެއްބައެއް ނޫނެވެ. އެއް ފިކުރެއް ވެސް ނޫނެވެ. 

ޕީޕީއެމް ފައުންޑަރ ރައީސް މައުމޫނަށް ކޯޓުން ޕީޕީއެމް ލިބިދާނެތީ އުފެއްދި ބެކަޕް ޕީއެންސީ، މިހާރު ބޮޑުވެއްޖެއެވެ. ޕީއެންސީ އަކީ ރައީސް ޔާމީންގެ ފިކުރެއް ނޫނެވެ. ޑރ. މުއިއްޒުގެ ފިކުރެވެ. 

ހަނދުމަފުޅު އެބަހުރި ތޯއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޑރ. މުއިއްޒު ހޯއްދަވާން އުޅުއްވާ ކަމުގެ ތުހުމަތުގައި ސްލޫކީ މައްސަލަ ބައްލަވާ ފިޔަވަޅު އުޅުއްވަން މުއިއްޒާ ދެކޮޅަށް ރައީސް ޔާމީނު ކުރެއްވި މަސައްކަތްޕުޅު މުއިއްޒު ގައިމުވެސް ހަނދުމަފުޅު ހުންނާނެއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ޓިކެޓް ދޫކޮށް ނުލައްވާ މުއިއްޒު ޖައްސަވަނީ ފަޔަށް ބަޑިކަމަށް ސިފަކުރެއްވި ހަނދުމަ ފުޅު ނެތޭހާ ދުވަހެއް ނުވޭ ނޫންތޯއެވެ. 

ޓިކެޓް އޮތްތަނަށް ޖަންޕު ޖައްސަވައިގެން މުއިއްޒު ހޯއްދެވި ޓިކެޓަކީ ރައީސް ޔާމީނު ދެއްވި ޓިކެޓެއް ނޫނެވެ. ވޯޓު ހޯއްދެވުމަށް ރައީސް ޔާމީނުގެ ކިތަންމެ ބޮޑު ފޮޓޯފުޅެއް ވިއްކެވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައްޔިތުން ވޯޓު ދިނީ ޑރ. މުއިއްޒަށެވެ.

ދަންނަވަން ތޯއެވެ. ރާއްޖޭގައި އަލަށް އުފެދޭ ސަރުކާރުގެ ރިޔާސަތުގައި ޕީޕީއެމެއް ނެތެވެ. ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސް އާއި ނައިބު ރައީސާ ދެބޭފުޅުންނަކީ ވެސް ޕީއެންސީ ދެބޭފުޅުންނެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ޕީޕީއެމާއި ޕީއެންސީ ކޯލިޝަން އެއްބަސްވުން އޮތީ ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށެވެ. ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ހެދުނު ކޯލިޝަން އެއްބަސްވުމެއް ނެތެވެ. ޕީޕީއެމް މެންބަރުން މުއިއްޒަށް ތާއީދުކޮށް ވޯޓުދިނީ އެމްޑީޕީގެ ވެރިކަން ނިންމުމަށެވެ. ޕީޕީއެމްގެ ރައީސް ޔާމީނު މިނިވަން ކުރުމުގެ އުންމީދުގައެވެ. ޕީޕީއެމް ސަޕޯޓަރުން މުއިއްޒަށް ވޯޓު ދިނީ މުއިއްޒުގެ ރިޔާސީ ކެންޕޭނުގައި ޕީޕީއެމާ ހިޔާލު އެއްގޮތް ގިނަ ކަންތައް ތަކެއް ހުރެގެންނެވެ. ރައީސް ޔާމީނުގެ ޕަޕެޓަކަށް ޑރ. މުއިއްޒު ނުވާނެކަން އޭރުވެސް ސަޕޯޓަރުންގެ ގިނަ މީހުނަށް އެނގެއެވެ.

ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމާއެކު ޕީއެންސީގެ ރައީސް ކަމަށް މުއިއްޒު އިސްވެ ވަޑައިގެން ޕީއެންސީއަކީ ވަރުގަދަ ޕާޓީއަކަށް ހައްދަވާނެ ކަމަށް ވިދާޅުވީ ސަމާސާއަކަށް ނޫނެވެ. ތެދެކެވެ. ޕީއެންސީއަކީ ޕީޕީއެމް ކަހަލަ ގާނޫނީ ސަހުސެކެވެ. ޕީޕީއެމްގެ ގޮނޑިކޮއްކޮއެއް ނޫނެވެ. އެދުވަސް މާޒީވެއްޖެއެވެ.

ޕީޕީއެމުން ކެނޑިގެން ޕީއެންސީއަށް ސޮއިކުރުމުގެ ހައްގު ކޮންމެ ޕީޕީއެމް މެންބަރަކަށް ވެސް އޮންނާނެއެވެ. އެހެން މީހުންނެކޭ އެއްފަދައިންނެވެ. މިހާރު ފެންނަމުން އެދަނީ އެ މަންޒަރެވެ. ޕީއެންސީ ބޮޑު ބިޔަ ޕަޓީއަކަށް ވަމުން ދާތަނެވެ. ޕީއެންސީއަކީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރާނެ ޕާޓީ ކަމަށް ވާތީއެވެ. 

ވެރިކަން ކުރުމުގައި ޕީޕީއެމް ބައިވެރި ކުރުމާ ނުކުރުމުގެ ފުރިހަމަ ބާރު ޕީއެންސީއަށް މިއަދު އެބަ އޮތެވެ. ވެރިކަން ކުރުމުގައި ޕީޕީއެމް ބައިވެރި ކުރާކަން ކިތަންމެހާ ވެސް ރަނގަޅެވެ. އޭގެ ފައިދާ މަގުމަތީގައި ރައީސް ޔާމީނުގެ ދިފާއުގައި އުޅުނު ކިތަންމެ ބަޔަކަށް ކުރާނެއެވެ.

ރައީސް މައުމޫނު އަތްޕުޅުން ރައީސް ޔާމީނު ޕީޕީއެމް ޖަހައިގެންހެން ރައީސް ޔާމީން އަތްޕުޅުން ޑރ. މުއިއްޒު ޕީޕީއެމް ޖަހައެއް ނުގަންނަވާ ނޫންތޯއެވެ. ރައީސް ޔާމީނަށް ރައީސް ޔާމީނުގެ ޕީޕީއެމް އެބައޮތެވެ. މުއިއްޒު ބޮޑުކޮށް ބާރުވެރި ކުރުވަނީ ރާއްޖޭގެ ރައްއޔިތުން ވެރިކަން މަތިކޮށްފައިވާ ޕީއެންސީއެވެ. 

ރައީސް ޔާމީން ކިތަންމެ ހިތްޕުޅު ހަމަޖެހި ވަޑައިނުގަތަސް ކަންވެފައިވާ ގޮތުން ގިނަ ބަޔަކު ޕީއެންސީއަށް ވަންނާނެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ޕީޕީއެމް ވެއްޓުން ގާތީ ޑީއާރުޕީއާއި އެއްގޮޅިއަށެވެ. ޕީޕީއެމަށް ވުންގާތީ ޑީއާރުޕީއަށް ވެގެން ދިޔަ ގޮތެވެ.

ޕީއެންސީ ވެރިކަމުގައި އޮވެ ރައީސް ޔާމީނު ބަންދުގައި ހުންނަވާ ކޮންމެ ދުވަހަކީ ޕީޕީއެމްގެ ސައިޒު ކުޑަވެގެން ދާނެ ދުވަހެކެވެ. ރައީސް ޔާމީނު މިނިވަންކޮށް ހުންނަވާ ކޮންމެ ދުވަހަކީ ޑރ. މުއިއްޒުގެ ސިޔާސީ ކުރިމަގަށް އޮތް ޗެލެންޖެކެވެ. ރައީސް ނަޝީދު މިނިވަންކޮށް ބަހައްޓަވައިގެން އެމްޑީޕީގައި ރައީސް ސޯލިހު ކުރެއްވި ތަޖުރިބާ ނުކުރައްވާ ވޭތޯ ޑރ. މުއިއްޒު ބައްލަވާނެއެވެ. 

މުއިއްޒު ވެރިކަން ކުރައްވަން ފައްޓަވަނީ 10 އަހަރު ވެރިކަން ކުރެއްވުމަށް ކަމަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް (އަދުރޭ) ވަނީ ވިދާޅުވެފައެވެ. މިހާ ހިސާބުގައިވެސް ރައީސް ޔާމީނު މިނިވަން ކުރައްވުމުގެ ނިޔަތް އޮތްނަމަ މިހާ ކުރިން މުއިއްޒު 10 އަހަރަށް އަމާޒު ނުހިއްޕެވީހެވެ. އެހެން އެކަން އޮތްނަމަ 2028 ވެސް ރައީސް ޔާމީނަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. 

]]>
Mon, 30 Oct 2023 13:33:14 +0500 ހީރަސްނިއުސް
ވެރިކަން ފައްޓަވަނީ ވެސް އިސްރާފުން https://heerasnews.com/1949 https://heerasnews.com/1949 ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވިއްކެވި އެކައްޗަކީ ސަރުކާރުން އިސްރާފު ކުރާ ވާހަކައެވެ. ބޭނުމެއް ނެތް ހަރަދުތައް ކުރާވަހަކައެވެ. އެކަށީގެން ނުވާ ކުދި އާބާދީތަކަށް ބޮޑެތި ހޭދަކޮށް އިސްރާފު ކުރާތީ ދަރަނިވެރި ވެފައިވާ ވާހަކައެވެ. 

އިސްރާފު ކުޑަ ކުރައްވަން ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ވެރިކަން ފައްޓަވަނީ ވެސް އިސްރާފުންނެވެ. ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ހުވާ ކުރެއްވުމަށް ބޮޑުވެގެންވާ އިސްރާފެއް ނުކޮށް މަގާމާ ހަވާލުވެ ވަޑައިގެންނެވޭ ކަމަކަށް ނުވެއެވެ.

ގާނޫނު އަސާސީގައިވާ ގޮތަށް ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މަޖިލިސް މެންބަރުން ކުރިމަތީގައި ފަޑިޔާރު ލާދެއްވާ ގާނޫނީ ހުވާކޮށްލުމުން މަގާމާ ހަވާލުވެ ވަޑައިގެންނެވޭނެއެވެ. ކޮންމެހެން މިލިއަން މިލިއަނުން ރުފިޔާ ހަރަދުކޮށްގެން ޖުމްހޫރީ މައިދާނުގައި ހުވާގެ ދަރުބާރު ނުބާއްވާ ހުވާ ކުރެއްވޭ ކަމަކަށް ނުވެއެވެ. 

ޖުމްހޫރީ މައިދާނުގައި ހުވާގެ ދަރުބާރު އަޅައިގެން އެކަނި ފުދޭކަމަކަށް ނުވެއެވެ. މޫސުން ގޯސްވެ ޖުމްހޫރީ މައިދާނުގައި ހުވާގެ ދަރުބާރު ނުބޭއްވި ދާނެކަމަށާޓަކާ ބެކަޕް ހޯލެއްގެ ގޮތުގައި ސޯސަލް ސެންޓަރ ހުވާގެ ދަރުބާރުގެ ގޮތުގައި ތައްޔާރު ކުރެވެއެވެ. މިލިޔަނުން ރުފިޔާ ހޭދަކޮށްގެނެވެ.

މަޖިލިސް ކުރާގޭގައި ހުވާ ކޮށްލައްވައިގެން ކުޑަކުޑަ ހަރަދަކުން ވެސް އެކަންވާން އެބައޮތެވެ. އެހެންނަމަވެސް ހުވާކުރެއްވުމުގައި ވެސް އެތައް ސަތޭކަ މިލިޔަން ދައުލަތުން ހޭދަކުރަން ނުޖެހޭ ގޮތަށް ހުވާކުރެއްވޭ ކަމަކަށް ނުވެއެވެ. 

]]>
Sat, 28 Oct 2023 19:31:05 +0500 ހީރަސްނިއުސް
މުއިއްޒުގެ ހުވާ ބާތިލު ކުރަން ނަޝީދު ފޫގެޅުން https://heerasnews.com/1944 https://heerasnews.com/1944 ރައްޔިތުންގެ މަޖިލިހޭ ބުނެލަން ދުލަށް ފަސޭހައަސް އެއީ ދައުލަތުގެ 3 ބާރުން އެއްބާރެވެ. ރައްޔިތުންގެ ވޯޓުން މުޅިރާއްޖެއިން އިންތިޚާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ޤާނޫނު ހަދާ މަޖިލިހެވެ. އެ މަޖިލިހުގެ ރައީސަށް ގާނޫނީ ހައިސިއްޔަތު އޮންނަނީ އެ މަޖިލިހުގެ މެމްބަރުންގެ އިތުބާރު އޭނާގެ މައްޗަށް އޮތްނަމައެވެ. ގާނޫނީ ނައްސު ތަކުން އެކަން އޮތީ ސާފުވެފައެވެ. މަޖިލިހުގެ ގަވާޢިދުގައި އެކަން އޮތީ ބަޔާން ވެފައެވެ.

ރައްޔިތުންގެ މަޖިލިހުގެ އިތުބާރު ނެތް ރައީސުލްޖުމްހޫރިއްޔާ އަކަށް  ވެސް އަދި ފަނޑިޔާރަކަށް ނުވަތަ ވަޒީރަކަށް ވެސް މަގާމުގައި  ދެމިއެއް ނުހުރެވެއެވެ. ދެން އޮތީ އެ ބާރުގަދަ މުއައްސަސާގެ ރައީސާ  ނައިބު ރައީސްގެ މަގާމު ދެމިއޮންނަ ގޮތެވެ. އާނކެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމު ވެސް ޞައްޙަވަނީ އެ މަޖިލީހުގެ އިތުބާރު އެ ދެ މީހުންގެ  މައްޗަށް އޮތް ނަމައެވެ.  

ހަމަ ޔަގީނުން ވެސް ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސްގެ އިތުބާރު ގެއްލި އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ އެއޮތީ ގާނޫނީ ހަމަތަކުގެ މަތިން ދުވަސް ކަނޑައެޅި އެޖެންޑާ ވެފައެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މި މަޙައްލުގައި މަޖިލިހުގެ ރައީސްއާ ޢާއިލީ ގޮތުން ލޭގެ ގުޅުން އޮތް، މަސްލަޙަތު ފުށުއަރާ ދެބޭންގެ ދެދަރި ކޮއްކޯފުޅެވެ.

އޮންނަ ގާނޫނީ ހަމަތަކާ އުޞޫލްތަކުގެ މައްޗަށް އަމިއްލަ ޒާތީ މަސްލަޙަތާ އެދުން ބޮޑުކޮށް މަޖިލިހުގެ ނައިބު ރައީސް އެ ޖަލްސާ ނުބޭއްވިޔަސް މަޖިލިހުގެ ރައީސްއަށް މަޖިލިހުގެ އިތުބާރު ލިބުނު ކަމަކަށް ނުވާނެއެވެ. އެ ޙާލަތުގައި މި ކަމަށް ބޭނުންވާ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ ގާނޫނީ ފަރުވާ ނުލިބިއްޖެ ނަމަ ދެން ނުކުމެދާނެ ނުރަނގަޅު ކިތަންމެ ނަތީޖާއެެއް ހުންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ހުވާ ކުރެވޭ ހިނދު ގާއިމްވެ ހުންނަ ދައުލަތުގެ އެންމެ މަތީ ޝަޚްޞަކީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ވެސް އަދި އުއްތަމަ ފަނޑިޔާރު ވެސް އެ ވަގުތުކޮޅު ހުއްޓިވަޑައިގަންނަވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކުރިފުޅުމަތީގައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރު އެބޭފުޅެއްގެ ކުރިމަތީގައި ހުއްޓިވަޑައިގަންނަވަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެ ބޭފުޅެއްގެ މަގާމުގެ ހައިސިއްޔަތާއި މެދު ޝައްކާ ވަހުމް އުފެދި އިތުބާރު ގެއްލިފައިވާ ބޭފުޅެއް ނަމަ، އެބޭފުޅެއްގެ ކުރިފުޅު މަތީގައި ލައިދެވި ކުރެވޭ  ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އޭގެ ޒާތުން ޤާނޫނާ ޚިލާފް ނުވާނެ އެއްގޮތެއް ވެސް ނޯންނާނެއެވެ. ޞައްޙަ ގާނޫނީ ހުވަޔަކުން ނޫނީ ޞައްޙަ ރައީސުލްޖުމްހޫރިއްޔާ އަކު އުފަނެއް ނުވާނެއެވެ.

ކުރީގެ ރައީސް ނަޝީދު ބޭނުންފުޅު ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ހުވާގެ ގާނޫނީ ބުރަދަނާ އޭގެ ހައިބަތާ ހައިސިއްޔަތަށް އުނިކަން ގެނައުން ކަމަށްވާނަމަ އެއީ ޤާނޫނު އަސާސީއާ ދިވެހިޖުމްހޫރިއްޔާގެ ކަރާމަތަށް އަރައިގަތުން ފަދަ ހުތުރުކަން ބޮޑު ޢަމަލެކެވެ.

]]>
Wed, 25 Oct 2023 20:01:46 +0500 ހީރަސްނިއުސް
އިންތިގާލީ ތަރުޖަމާނަށް: ބުނާ އެއްޗަކުން ބޮލާފޮށާ އެޅިދާނެ! https://heerasnews.com/1920 https://heerasnews.com/1920 ސްމޫތު ޓްރާންސިޝަންއަކީ ފަސޭހަ އެއްޗެއް ނޫނެވެ. މިފަހަރު ތިޔަކަމެއް ތިޔަހާ ފަށުވިކޮށް ތިޔަ ދަނީ އިންތިޚާބުން ބަލިވި ކެންޑިޑޭޓާ ބަލިވި ޕާޓީގައި ކޮލިޓީ ހުރީމައެވެ. ފިރުޒުލް މޮޅެވެ. އުމުރުން ޅަވެފައި ބަސްމަގު އޮމާން ސާފެވެ. ގުރުއާން ހިތުދަހެވެ. އެކަމު ތިޔަ ނިސްބަތްވެ ހުރި މީހުން ބަލިވި ފަހަރު ވީގޮތް ދުށީމު ހެއްޔެވެ؟ ބަލި ގަބޫލު ކުރުމަށް ފަހު އަނެއް ދުވަހު ތެޅި ފޮޅިގަނެ ކޯޓަށް ދިޔައެވެ. މަތީގައި ޖެހި ފާހަގަ ތިރިއަށް ވެއްޓިގެންނޭ ކިޔާ ހޭކުޑަވީއެވެ. މަގުމައްޗަށާ އެބުނާ ދެދޮރު ދޭތެރެއަށް ގުޅަކެރުވިގަތް މީހުންގެ ކުރީގައި ހުންނެވި އެކަކީ މިހާރު ތިޔަ ތަރުޖަމާ ކޮށްދެއްވާ އިންތިޚާބީ ރައީސެވެ. ފިރުޒުލް މޮޅަކަސް މާޅަވެފައި ތަޖުރިބާ މަދުވެ ކުޅި ހިނގާ މަގު އަދި އެހާ ސާފު ނުވަނީ ތޯއްޗެކެވެ.

ވިދާޅުވާ އެއްޗެއް މާސާފުކޮށް އެނގެން އޮއްވާ އޭގެ ތަރުޖަމާ އަމުދުން މިހާ ކުރީކޮޅު ދެއްވަން ޖެހުނީމާ ކަމަކު ނުދެއެވެ. ރައީސް ނަޝީދު ވިދާޅުވާ ބަސްފުޅު ތަކުގެ ތަރުޖަމާ ދެއްވަން އޭރުގެ ތަރުޖަމާނު އަވަދިވޭވޭ ހުއްޓާ އެންމެ ފަހުން އަވަދިވީ އެ ވެރިކަމެވެ. އޭގެ ފަހުން ރައީސް ވިދާޅުވާ އެއްޗެއްގެ ތަރުޖަމާ ފަހުން އެހެން ބަޔަކު ދޭން ޖެހުނު ރައީސަކީ ރައީސް ޔާމީނެވެ. އެ ދެބޭފުޅުންގެ ބަސްފުޅު ތަކުގެ ތަރުޖަމާ އެހެން މީހުން ކުރަން ޖެހުނު އިރު އެއީ ރައީސުލްޖުމްހޫރިއްޔާގެ ހުވާގެ މަތީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބެވި ދެ ރައީސުންނެވެ.

ފިރުޒުލްއަށް ތިޔަ ދިމާވީ ތަފާތު ގޮތެކެވެ. ތަރުޖަމާނަކަށް އަދި ތިޔަ ހުންނެވުނީ އަދި މިވަގުތު މަގާމާ ހަވާލުވެ ވަޑައިވެސް ނުގަންނަވާ އިންތިޚާބީ ރައީސްގެ ތަރުޖަމާނަކަށެވެ. އެ މަނިކުފާނާ ދިމާއަށް ފުރަތަމަ ދިއްކޮށްލެވުނު ހެޔޮވަރު ވަރުގެ މައިކަކީ އަލްޖަޒީރާގެ މައިކެވެ. އަނެއް ދުވަހު އެރި އިރާއެކު ފިރުޒުލްއަށް ތިޔަ ޖެހިވަޑައިގަތީ ވިދާޅުވިއެތި އަނެއް ކޮޅަށް ތަރުޖަމާ ކުރައްވާށެވެ. އޭރު ދުނިޔޭގެ ތެރެއަށް އިންތިހާބީ ރައީސްގެ ބަސްފުޅުތައް ވައިކަޑާފައި ފެތުރި ނިމިއްޖެއެވެ. ފިރުޒަލެއް ކަމަކު ތިޔަ ވިދާޅުވެވުނީ ރަނގަޅަކަށް ނޫނެވެ. ޑރ. މުއިއްޒު ވިދާޅުވީ މޫސުމީ ބަދަލު ތަކުގެ ބިރަކީ މީހުން ދައްކާ އަސްލެއް ނެތް ވާހަކައެއް ކަމުގައެވެ. އެ ވާހަކަފުޅު އެހެން ގޮތަކަށް އިތުރަށް ތަރުޖަމާ ކުރައްވަން ތަރުޖަމާނު ނޫޅުއްވާށެވެ.

ދެން ބުނަމެވެ. ހެލްތް ކޮންޒިއުމަބްލް ހުސްވެގެން ގޮތް ހުސްވާ ކަމަށް ތިޔަ ވިދާޅުވެވުނީ އިންތިގާލީ ކޮމެޓީ ތަކުން ތަންތަނަށް ޒިޔާރަތް ކުރާ ވާނުވާގައި ތިބި މީހުންދޭ މައުލޫމާތުގެ މައްޗަށް ބުރަވެއެވެ. ދަންނަވަންތޯއެވެ؟ އިންތިގާލީ އޮފީހުގެ އިސްވެރިޔަކީ އަދުރޭއެވެ. ސިޔާސީ ޙީލަތް ހަދަން އަދުރޭ ކިތަންމެހާ ވެސް މޮޅުވެދާނެއެވެ. އެކަމު ފިރުޒުލް ތިޔައީ އިންތިޚާބީ ރައީސްގެ ތަރުޖަމާނެވެ. އަދުރޭގެ ތިޔަރީއެއް ތިޔަ ޕޯޑިއަމަކަށް ފިޓެއް ނުވާނެއެވެ.

ދުނިޔެއަށް ކުރިމަތިވި މާސިންގާ ޞިއްޙީ ޢާލަމީ ވަބާ އެއްގައި ނުވިކަމެއް ކުރިއަށް އޮތް ތަނުގައި ވެދާނެ ކަމުގެ ބިރު ރައްޔިތުންނަށް ދެއްކީމާ އެކަމުން ބޮލާ ފޮށާ އެޅޭނީ ތިޔަ ބޭފުޅުންގެއެވެ.

]]>
Tue, 17 Oct 2023 11:12:54 +0500 ހީރަސްނިއުސް
މުއިއްޒު ތިޔަ ހައްދަވަނީ ބޮޑު ގޯހެެއް https://heerasnews.com/1906 https://heerasnews.com/1906 ސަރުކާރު ހިންގުމުގައި ހެދިފައި ހުރި އެކިކަހަލަ ގޯހާއި ރަނގަޅު އޮތީ ސާފުކޮށް ފެންނާށެވެ. ވެރިކަމަށް އައުމަށް ކޯލިޝަން ހަދާ ވެރިކަން ލިބުމުން ކޯލިޝަން ރޫޅާލީ ރައީސް ނަޝީދާއި ރައީސް ޔާމީނެވެ.

ނަޝީދުގެ ވެރިކަން ވައްޓާލުމަށް އިސްވެ ނުކުތީ ރޫޅާލި ކޯލިޝަންގައި ތިބި ލީޑަރުން އިސްވެ ތިބެއެވެ. ވީމާ ވެރިކަން ލިބުމުން ކޯލިޝަން ރޫޅާލުމަކީ ގޯހެއްގެ ގޮތުގައި ބެލިދާނެއެވެ.

ދެން ރައީސް ޔާމީނެވެ. ވެރިކަމަށް ވަޑައިގަތް ކޯލިޝަން ރޫޅާ ލުމުން އެފަހަރު ތިބި ކޯލިޝަން ބައިވެރިން ރައީސް ޔާމީނާ ދެކޮޅަށް ނުކުތެވެ. ނަޝީދުގެ ވެރިކަން ފަދައިން ރައީސް ޔާމީންގެ ވެރިކަން ވައްޓާނުލެވުނީ އެހުރިހާ އެންމެން ޖަލުގައި ބައިތިއްބައިގެން ދައުރު ހަމަ ކުރެއްވީމައެވެ.

ދެންއައީ ދައުރު ހަމަވެގެން އައި 2018 ގެ ރިޔާސީ އިންތިޚާބެވެ. ޖަލު ކޯލިޝަން އެކުގައި ތިބެ އިންތިޚާބުން ރައީސް ޔާމީން ބަލި ކުރީއެވެ. މިހާތަނުން މިލިބުނު ތަޖްރިބާއަކީ ކޯލިޝަން ރޫޅާ ލުމަކީ ބޮޑު ގޯހެއް ކަމެވެ. 

ދެން އޮތީ އޭގެ އަނެއް ކޮޅެވެ. އެއީ ކޯލިޝަން ދެމެހެއްޓީމާ ވާގޮތެކެވެ. ވީ ގޯސް ހެއްޔެވެ. ނޫނީ ވީ ރަނގަޅު ހެއްޔެވެ.  

ރައީސް އިބްރާހީމް މުޙަންމަދު ޞޯލިހަކީ ކޮންމެ ހާލެއްގައި ވެސް ދައުރު ނިމެންދެން ކޯލިޝަން ދެމެހެއްޓެވި ރައީސެވެ. ނަތީޖާ ސުމެކެވެ. ކެބިނެޓާއި ދެންވެސް ހުރިހާ މަގާމު ތަކުގައި ތިބެގެން ގޯލް ޖެހީ އިދިކޮޅަށެވެ. ރިޔާސީ އިންތިޚާބަށް އިއުލާން ކުރުމުން ދިމާ އިދިކޮޅަށް ނުކުމެ ކުރި ކެމްޕޭން ދެކެފީމެވެ.

ރަނގަޅަށް ބަލާލިއިރު ހަރުތާކު ޖެހޭ ވަރުގެ ވޯޓެއްވެސް އެއިން ބަޔަކަށް ލިބުނީއެއް ނޫނެވެ. ފުރަތަމަ ބުރުގައި ކޯލިޝަން ހަދައިގެން ކަމަށް ތިބެ ފަހު ބުރުގައި ފުރަގަހުން ވަޅިޖެހީއެވެ.

ރައީސް ޑޮކްޓަރ މުޢިއްޒެވެ. ދެނަން ކިޔަސް ޕީޕީއެމް - ޕީއެންސީއަކީ އެކައްޗެކެވެ. މިފަހަރު ވެރިކަން ތިޔަ ހޯއްދެވީ ކޯލިޝަން އެއްބަސް ވުމެއްނެތިއެވެ. ފޮޓޯގަނޑެއްގެ ކައިރީގައި ނަން ޖައްސަވައިގެންނެވެ. މަނިކުފާނުގެ ލޯޔަލިސްޓުން ވެސް ތިބީ ތިޔަ ތަނުގައެވެ. އޭގެ ބޭރުން އެކިއެކި ވަކި އެއްބަސްވުންތައް ހައްދަވައިގެން ވެރިކަން ކުރައްވަން ހައްދަވައި ފިއްޔާ ވާނީ ހަމަ އެއްގޮތެކެވެ. ފުރަގަހުން ޖަހާނީ ވަޅިއެވެ. މިއީ އަލުން ދަސްކުރަން ޖެހޭ ފިލާވަޅެއް ނޫނެވެ.

އެމްޑީޕީ އަކީ އިންތިޚާބުން ބަލިވީމާ ކޯޓަށް ގޮސް، މަގުމަތިން ވެރިކަން ވައްޓާލުމާ ދެކޮޅު ބައެކެވެ. ވީމާ މަނިކުފާނުގެ އަސްލު މީހުންނާ އެކު ވެރިކަން ކުރައްވާށެވެ. ޑިމޮކްރެޓިކް ހަމަތަކުން އެމްޑީޕީގެ އެއްބާރުލުން މަނިކުފާނުގެ ސަރުކާރަށް ލިބުނީމާ ތިޔަ ވެރިކަމަށް ލޮޅުން އަރުވާލެވޭނެ އުރައްޕެއް ހުރި އެކަކުވެސް ސަރުކާރުގެ މަގާމުތަކާ މަޖިލިސް ގޮނޑިހޯދަން ގޮސް ތިޔަތާކު ނެތެވެ.

ހަމަޖެހޭ ސުލްހަވެރި އަމާން ވެރިކަމެއް ކުރައްވަން އެންމެ ރަނގަޅުވާނީ އޭތިމީތި ލައިގެން ސަރުކާރު ތަޣައްޔަރު ނުކުރެއްވުމެވެ. އެހެން ނޫނީ ތިޔަ ހައްދަވަނީ ބޮޑު ގޯހެކެވެ.

]]>
Wed, 11 Oct 2023 17:44:18 +0500 ހީރަސްނިއުސް
ވަގަށް ނެގި ގޮނޑިތައް މުއިއްޒަށް ވިއްކާލަނީ https://heerasnews.com/1896 https://heerasnews.com/1896 ދަ ޑިމޮކްރޭތްސް އަށް ހައްސައޭ ހީވިޔަސް އެމްޑީޕީ ގަދަކޮށް އެމްޑީޕީގެ ގޮތުގައި އަދިވެސް އެބައޮތެވެ. އެމްޑީޕީ ރޫޅައެއް ނުލެވުނެވެ. އަދިވެސް އެމްޑީޕީއަކީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއެވެ. އެންމެ ޑިމޮކްރެޓިކް އުސޫލުތައް ވަރުގަދަ ޕާޓީއަކީވެސް އެމްޑީޕީއެވެ. މީހާގެ ގައިގާ ހަސް ނެތަސް އެމްޑީޕީގެ ޓިކެޓެއްގައި މަޖިލީހަށް ނިކުމެއްޖެނަމަ ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެމްޑީޕީގެ ޓިކެޓްގައި ނިކުންނަ ގިނަ މީހުން މަޖިލީހަށް އިންތިހާބު ވަނީ މީހާގެ ގަދަކަމަކުން ނޫނެވެ. އެމްޑީޕީގެ ގަދަކަމުންނެވެ. އެންމެފަހުން އޮތް މަޖިލިސް އިންތިހާބުގައި ގިނަ ދާއިރާގެ ރައްޔިތުން ވޯޓު ދިނީ އެމްޑީޕީއަށެވެ.

ފްލޯ ކްރޮސިންގ ނުވަތަ ޕާޓީ ބަދަލު ކުރުމުގެ ގާނޫނެއް ރާއްޖެއަކު ނެތެވެ. ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަކަށް ވާދަކޮށް އިންތިހާބު ވުމަށްފަހު އެ ގޮނޑިއަކީ އިންތިހާބުވާ މީހެއްގެ މިލްކެކެވެ. ގޮނޑިއަށް އިންތިހާބު ކޮށްދިން މީހުންގެ އެއްވެސް ބާރެއް ގޮނޑީގެ މައްޗަކަށް ނޯވެއެވެ. އިންތިހާބުވާ ގޮނޑިއަކީ އެ މެންބަރެއްގެ ވިޔާފާރި މުދާ ގަނޑެކެވެ. ހިތުހުރި ގޮތެއް ހަދަން ހުރަހެއް ނެތެވެ. ގޮނޑިއާއި މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ވާނެކަމެއް ހަރާމެވެ.

ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ރައްޔިތުން ދިނީ އެމްޑީޕީ އަށެވެ. އެންމެ ދާއިރާއެއް ނޫން އެހެން ހުރިހާ ދާއިރާއަށް އެމްޑީޕީން މީހުން ނެރެ ވަރުގަދަ ކެންޕޭނެއް އެމްޑީޕީން ކުރިއެވެ. އެޖެންޑާ 19 ޝިއާރަކަށް ބޭނުން ކޮށްގެންނެވެ. އެއްވާނަކަށް މުޅި ރާއްޖޭގައި އެމްޑީޕީން ކެންޕޭނު ކޮށްގެންނެވެ.

2023ގެ ރިޔާސީ ޕްރައިމަރީގައި ބަލިވި މީހާ ބަލި ގަބޫލު ނުކޮށް ޑިމޮކްރަސީގެ ރީތި އުސޫލުތައް މުގުރާލާ މަޖިލިހުގެ 13 ގޮނޑި ވަގަށް ނެގީއެވެ. ރައްޔިތުންނަށް ދޮންކަޅު އަންގާ ނުލައެވެ. ދާއިރާގެ ރައްޔިތުން އެމްޑީޕީއަށް ދީފައިވާ 13 ގޮނޑި ވަގަށް ނެގީ ރައްޔިތުންގެ ކުޑަވެސް ރުހުމެއް ނެތިއެވެ. 13 ގޮނޑި ވަގަށް ނެގި ބައިގަނޑަށް ރައްޔިތުންގެ ރުހުން އެއްވެސް ވަރަކަށް އެއްވެސް ދާއިރާއެއްގައި ނެތްކަން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ސާފުވެއެވެ. މުޅި ރާއްޖޭން އެންމެ %7 ލިބުމަކީ އެއްވެސް ދާއިރާއެއްގައި ކުޑަވެސް ތާއީދެއް ދަ ޑިމޮކްރެޓްސްއަށް ނެތްކަން އެނގިގެން ދިޔަކަމެކެވެ. ރާއްޖޭގެ ރައްޔިތުން ތާއީދު ކުރަނީ ޕީޕީއެމް- ޕީއެންސީއާއި އެމްޑީޕީއަށް ކަން ކަށަވަރު ކޮށްދިން އިންތިހާބަކަށް ނިމިދިޔަ ރިޔާސީ އިންތިހާބުވެއެވެ.

މަޖިލީހުން 13 ގޮނޑި ވަގަށް ނަގައިގެން މައިނޯރިޓީ ޕާޓީ ހެދިގެން ޑރ. މުއިއްޒަށް ގޮނޑިކޮޅު ވިއްކާލަން ކެނެރީގޭ ނަޝީދު އެހުރީ އެއްރޮއްޖަށް ފޫގަޅަފައެވެ.  ބަރަހަނާ ވިޔަސް ހެޔޮތާއެވެ. ވަގަށް ނެގި ގޮނޑިކޮޅު ވިއްކާލައިގެންވެސް އަލަށް އުފެދޭ މުއިއްޒުގެ ސަރުކާރު ހަރާބު ކުރުމަށް މިހާރުއްސުރެ ޑރ. މުއިއްޒު ބްލެކްމޭލު ކުރުމަށް އެހުރީ ދިމާކޮށްފައެވެ. ވަގަށް ނަގައިގެން ނުއަގުގައި އެއްޗެތި ވިއްކުމަކީ ޕާޓޭންގެ ކަމެކެވެ. 

]]>
Sun, 08 Oct 2023 11:38:27 +0500 ހީރަސްނިއުސް
މުއިއްޒަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔާމީނު މިނިވަންކުރުން https://heerasnews.com/1890 https://heerasnews.com/1890 ރައީސް ޔާމީނަކީ ގައިދީއެކެވެ. ދެ ހުކުމެއްގައި 12 އަހަރުގެ ޖަލު ބަންދު ދަނީ ތަންފީޒު ވަމުންނެވެ. ރ. ފުށްގިރި މައްސަލަ ދަށުކޯޓުގައި ރައީސް ޔާމީނާ ދެކޮޅަށް އެބަ ހިނގައެވެ. ވ. އާރަށުގެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާ އޮތީ ހިނގަ ހިނގައެވެ. އިސްތިއުނާފްގެ ނަތީޖާ ނިކުންނާނެ ގޮތެއް އަދި ނޭގެއެވެ. ސްޕްރީމް ކޯޓަށް އިލްތިމާސް ކުރުމާ ނުކުރުން ވެސް ވެގެން ދާނެ ގޮތެއް އަދި ނޭގެއެވެ. ޑރ. މުއިއްޒުގެ ވެރިކަމުގައި ރައީސް ޔާމީނާ މެދު ސަރީއަތުގެ މަރުހަލާ ތަކުގައި ކަންތައް ވެގެންދާނެ  ގޮތަކާ މާތްކަލާނގެއާ ވަކީލެވެ. 

ހޮވި ވަޑައިގަތުމާއެކު ޕީޕީއެމްގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް ގޮވާލެއްވިއެވެ. ސަޕޯޓަރުން އުފަލުން ފޮޅުނެވެ. ސަރުކާރުން ވެސް އެކަން ކޮށްދެއްވަން ވީ ލަހަކީ މުއިއްޒު ގޮވާލައްވަން ވީލަހެކެވެ. ރައީސް ޔާމީނު ގެ ވަފާތެރިންނަށް ހީކުރެވުނީ ލަހެއްނުވެ ދޫކޮށް ލައްވާނެ ކަމަށެވެ. ރައީސް ކަމުގެ ހުވާ ކުރައްވާމީ ރައީސް ޔަމީނު މިނިވަންކުރައްވާ އެމަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ވާތީ އެހެން ނުވާނެކަމަށް ހީކުރެވޭކަށް ވެސް ނެތްތާއެވެ.

އެހެނަސް ކަންކަން ހިނގާ ތަރުތީބުވަނީ އެމަގުން ނޫން ކަމަށް ގުނަ ބަޔަކަށް ގަބޫލުކުރެވެން ފަށައިފިއެވެ. އެހެން ނޫވާންވީ ކީއްވެ ހެއްޔެވެ. ރައީސް ޔާމީނު ގެއަށް ބަދަލު ކުރެއްވުމާއެކު ސަޕޯޓަރުންގެ ކިބައިން އިންތިހާބީ ރައީސް އެދިވަޑައިގަތީ ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވާލާ މަގުމައްޗަށް ނުނިކުތުމަށެވެ. ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަފާތެރިންނަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ. ލަސްތަކެއްނުވެ ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލާ މަގުމައްޗަށް މީހުން ނިކުމެއްޖެއެވެ. 

ބަންދުގައި ހުންނެވިޔަސް އެ މަނިކުފާނުގެ ބަސްމަގުގައި އެހުރީ ދޫދެއްވުމުގެ ރާގެއް ނޫނެވެ. "މަގާމުތައް ލިބުނީމާ ފިނި ކޮޓަރި އަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ " ކަމަށް ވިދާޅުވުމުން ޑރ. މުއިއްޒާއި އެމަނިކުފާނުގެ ޓީމާމެދު ރައީސް ޔާމީނުގެ ހިތްޕުޅު ސާފުނޫންކަން ދޭހަވެއެވެ. ރައީސް ޔާމީނު ދެކެ ލޯބިވާ އާންމު ރައްޔިތުން ތިބޭނީ ގައުމުގެ ހައްގުގައި (ރައީސް ޔާމީނަށްޓަކާ) މަގުމަތީގައި ކަމަށް ވިދާޅުވެ މަގުމައްޗަށް މީހުން ނެރުމަށް ބާރު އަޅުއްވަނީ ސަމާސާ އަކަށް ނޫނެވެ. 

ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަތައް ލިބިގެން އެ ދިޔައީ ރައީސް ޔާމީނާއި ތިޔަ ރައްޔިތުން (ރައީސް ޔާމީނުގެ ސަޕޯޓަރުން) ކުރި މަސައްކަތުން ކަމަށް ވިދާޅުވެ ސަޕޯޓަރުންގެ ލޭ ހޫނު ކުރުވުމަކީ އަނދަމުންދާ އަލިފާނުގެ ހުރި ގިނީގެ ގަދަކަން އަންގާދޭ ކަމެކެވެ. "ކެރެން ވާނެ މަގުމަތީގައި އުޅެން. މަގާމުތައް ލިބުނީމައެއް ނޫން ބޮޑެތި ބަސްތައް ބުނަން ވާނީ. އެ މީހާގެ އެތެރޭގައި ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން،" ކަމަށް ވިދާޅުވެ ރައީސް ޔާމީނު ވަނީ ހިތްޕުޅުގެ އުދާސްތައް ބަންޑުން ކޮށްލައްވާފައެވެ.

ރައީސް ޑރ. މުއިއްޒު ކޯޓުތަކަށް އަތްޕުޅު ނުބާނުއްވާ ކަމުގެ ބަހަނާގައި ރައީސް ޔާމީނު ދޫކޮށްލެއްވުމަށް އެއްވެސް ކަމެއް ޑރ. މުއިއްޒު ނުކުރައްވާނެ ކަމަށް ރައީސް ޔަމީނުގެ ގިނަ ވަފާތެރިން މިހާ އަވަހަށް ދެކެންފަށައިފިއެވެ. އާރަށު މައްސަލަ ރައީސް ޔާމީނާ އެއްކޮޅަށް ނިމުނަސް ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ފުށްގިރި މައްސަލަވެސް ބާރަށް ހިންގާ ރައީސް ޔާމީނަށް ހުކުމްކޮށް ޖަލުގެ ތޭރިތަކުގެ ފަހަތުން ނުނެރޭނެ ކަމަށް ސިޔާސީ މުފައްކިރުން ލަފާކުރެއެވެ. ރައީސް ޔާމީނު ވީއްލިފާ ހުންނެވުމަކީ ރައީސް ނަޝީދުގެ ސަބަބުން ރައީސް ސޯލިހަށް ޖެހިވަޑައިގެން މުސީބާތަށް ވުރެ ބޮޑު މުސީބާތަކަށް ޑރ. މުއިއްޒަށް ވެވަޑައިގަންނަވާނެއެވެ.  

]]>
Thu, 05 Oct 2023 16:07:15 +0500 ހީރަސްނިއުސް
އަންނަ ރިޔާސަތުން އަސުރުމާކުލަ ގެއްލުނީ https://heerasnews.com/1883 https://heerasnews.com/1883 ޕީއެންސީ އަކީ ކިރިޔާ 3 ހާސް ހަމަވާ ކުޑަޕާޓީ އެކެވެ. އެހެން ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމް މިހާރުވެފައި މިވާގޮތުން ކުރިއަށް އޮތް ދައުރުގައި ނިސްބަތް ވަނީ ޕީއެންސީ އަށެވެ.  

މިއީ އެބޮޑު ވަރުގަދަ ކަމަށްބުނާ އެމްޑީޕީ އަށް ވެސް މިހާތަނަށް ހޯދުނު ފަޚްރެއް ނޫނެވެ. ޑރ. މުހަންމަދު މުއިއްޒަކީ ސަމާސާ ބޭފުޅެއް ކަމަށް ހީކުރި މީހުންގެ މޮޔަކަން ކިތަންމެހާވެސް ބޮޑެވެ. 

ތުހުމަތުވެ ސާބިތުވެ ދައުވާ އުފުލޭ ކުށްތަކުން ރައީސް ޔާމީން މިނިވަން ކުރުމަކީ އިންސާފުވެރި ވެރިއެއްގެ ގޮތުގައި ޑރ. މުއިއްޒަށް ކުރައްވަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއަށްވުރެ މާފާޅުަކަން ބޮޑު އެންމެނަށް އެނގި ހާމަ ވެފައިވާ ކިތަންމެ ސަބަބަކާ ހުރެ ދައުލަތުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ޑރ. މުއިއްޒު ވިސްނާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ގޮތް މާސީރިއަސްއެވެ.

ވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލުވުމުގެ ކުރިން އެމީހަކު ދައްކާ ވާހަކަތަކާއި އަމަލު ކުރާ ގޮތަކީ ވެރިކަމާ ހަވާލު ވުމަށް ފަހު ކުރަން ފަސޭހަ ކަމަކަށް ހަމަ އެކަކަށް ވެސް ނުވާނެއެވެ. 

ޕީޕީއެމްގެ ޢާންމު މެމްބަރުން ވެސް ދިވެހިރާއްޖެއަށްޓަކާ ކުރަން ދެން އޮތް އެންމެ ރަނގަޅު ކަމަކީ ޖަޒްބާތު ތަކުން އެއްކިބާވެ ގައުމުގެ ހަމަޖެހުމަށްޓަކާ ޑރ. މުޙަންމަދު މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުމެވެ. އެންމެ ހެޔޮ ގޮތަކީ އެއީއެވެ. 

]]>
Tue, 03 Oct 2023 15:02:49 +0500 ހީރަސްނިއުސް
ބަރުލަމާނީތޯ ނުވަތަ ރިޔާސީތޯ އަހާލުމަކުން ނުފުދޭނެ https://heerasnews.com/1846 https://heerasnews.com/1846 ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމުގެ ވާހަކައިގެ އަޑު އަނެއްކާ ވެސް ގަދަވެއްޖެއެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް އާއްމު ވޯޓެއް ނެގުމާ ދިމާލަށް މިހާރު އޮތީ މިސްރާބު ޖަހާފައެވެ. ރައްޔިތުންގެ ވޯޓަކުން ބުނެދޭން ޖައްސަނީ އޮންނަންވީ ރިޔާސީ ނިޒާމެއް ކަން ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމެވެ. 

ވެރިކަން ކުރުމުގެ ނިޒާމުގެ ވާހަކަ ރައްޔިތުން ކުރެން އަހާއިރު ނިޒާމް އޮންނާނެ ގޮތެއް ބުނެއެއް ނުދެވެއެވެ. ރިޔާސީ ނިޒާމްގެ އެތައް މޮޑެލެއް ދުނިޔޭގައި އެބަ އޮތެވެ. ބަރުލަމަނީ ނިޒާމުގެ ވެސް އެތައް މޮޑެލެއް އެބައޮތެވެ. ރާއްޖެގައި ބޭއްވުމަށް ފެންނަ ރިޔާސީ ނިޒާމްއަކީ މިހާރު މިއޮތް ރިޔާސީ ނިޒާމް ކަމެއް އެހެން މޮޑެލަކަށް އޮންނަ ރިޔާސީ ނިޒާމެއް ކަމެއް ނިޒާމުގެ ވާހަކަ އަހާއިރު ރައްޔިތުންނަކަށް ނޭގެއެވެ. ރައްޔިތުން ރުހުން ދޭންވީ ކޮންގޮތަކަށް ތަރުތީބު ކުރެވިފައިވާ އޮންނަ ބަރުލަމާނީ ނިޒާމަކަށް ކަމެއް ސާފެއް ނޫނެވެ. 

ރާއްޖޭގައި އަމަލު ކުރަމުންދާ ރިޔާސީ ނިޒާމަކީ އިންތިހާ ދަރަޖައަށް ބަރުލަމާނީ ސިފަތައް އެކުލެވިފައިވާ ނިޒާމެކެވެ. ރިޔާސީ ނިޒާމެކޭ ނުބުނެވޭ ވަރަށް ބަރުލަމާނީ ގޮތްގަނޑު ބޮޑު ނިޒާމެކެވެ. މިހާރު އޮތް ރިޔާސީ ނިޒާމުގައި ބަރުލަމާނުންގެ ބާރާ ނުފޫޒު ވަރަށް ބޮޑެވެ. އޭގެތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

  • ރައްޔިތުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓުލިބިގެން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުން މަޖިލީހުން ބޭނުން ވެއްޖެނަމަ އަޒުލް ކުރެވެއެވެ.
  • ރައިސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ވަޒީރުންނަށް ވަޒީރުކަން ކުރެވެނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ. 
  • ވަޒީރުން ރައީސްގެ އިތުރަށް މަޖިލީހަށް ޖަވާބު ދާރީ ވާން ޖެހެއެވެ.
  • މަޖިލީހުން ބޭނުންވުމުން ރައީސް ބޭނުން ނުވިޔަސް ވަޒީރުން މަގާމުން ދުރު ކުރެވެއެވެ. 
  • ސަރުކާރު ހިންގުމުގައި ދުވަހުން ދުވަހަށް ހިންގާ ކަންކަމަށް މަޖިލީހުން ވަދެ ކަންކަން ހުއްޓުވުން ނުވަތަ ވަކިގޮތަކަށް ކަމެއް ކުރުވުން ނުވަތަ ނުކުރުވުމަށް މަޖިލީހަށް ބާރު އޮވެއެވެ. 
  • ސަރުކާރު ދެމިއޮތުމަށްޓަކާ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތުގެ ސަރުކާރަށް ތާއީދު ހޯދުމަށް މެންބަރުން ރުއްސަން ސަރުކާރަށް ޖެހެއެވެ. 
  • މިނިވަން މުއައްސަސާ ތަކަށް މީހުން އައްޔަނުކޮށް ވަކިކުރުމުގެ ހިފެހެއްޓުމެއްނެތް ބާރު މަޖިލީހުގައި އޮވެއެވެ.
  • ޖުޑިޝަރީއަށް މީހުން އައްޔަނު ކުރުމާ ވަކިކުރުމާ ފިޔަވަޅު އެޅުމުގެ ހުރިހާ ބާރެއް އޮންނަނީ މަޖިލީހަށެވެ. 
  • ޖުޑިޝަލް ސަރވިސް ކޮމިޝަން އޮންނަނީ މަޖިލީހުގެ ކޮންޓްރޯލުގައެވެ. 
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުގެ ޒިންމާ އަދާނުކުރިޔަސް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯވެއެވެ. 
  • މަޖިލީހުން ފާސްކުރާ ގާނޫނުތައް ރައީސް ތަސްދީގު ނުކުރިޔަސް މަޖިލީހުން ބޭނުން ނަމަ ތަސްދީގު ކުރެވެއެވެ.  

އިސްވެ ބަޔާން މި ކުރެވުނީ މިހާރު މިއޮތް ރިޔާސީ ނިޒާމުގާ މަޖިލީހުގެ ބާރުވެރިކަން ހުރި ވަރުގެ ކުޑަ މިންވަރެވެ. ނަމުގައި ރިޔާސީ ނިޒާމެކެވެ. ގިނަ ކަންކަން ހިނގަނީ ބަރުލަމާނީ ސިފައިގައެވެ.

އެހެން ކަމުން ރާއްޖޭގައި ނިޒާމީ ވޯޓަކަށް ދިޔުމުގެ ކުރިން ރާއްޖޭގައި ބާއްވަން ބޭނުންވާ ވެރިކަން ހިންގުމުގެ ނިޒާމް ތަރުތީބު ކުރެވިފައި އޮންނާނެ ގޮތުގެ މޮޑެލްއެއް ތަފުސީލްކޮށް ރައްޔިތުންނަށް އެނގެން ޖެހެއެވެ. ރިޔާސީ ނިޒާމް އޮންނާނެ ގޮތާ ބަރުލަމާނީ ނިޒާމް އޮންނާނެ ގޮތް ތަފްސީލްކޮށް ރައްޔިތުންނަށް އެގެން ޖެހެއެވެ. 

ބާރުތައް ތަރުތީބުވެފާ އޮންނާނެގޮތާއި އެއްބާރުން އަނެއް ބާރެއްގެ މައްޗަށް ބާރު ފޯރުވޭނެ ގޮތާ މިންވަރު ވަރަށް ސާފުވާން ޖެހެއެވެ. ރާއްޖޭގެ އިގްތިސާދަށް ނެގެހެއްޓޭވަރުގެ ވެރިކަން ހިންގުމުގެ ނިޒާމަކަށް ނިޒާމް ވާންޖެހެއެވެ.

ޗެކްއެން ބެލެންސް ކަށަވަރުވުމާ ސަލާމަތީ ބާރުތަކުގެ މުސްތަގިއްލުކަމާއި މާލީ އިދާރާތައް ނުފޫޒުން އެއްކިބާވާ މިންވަރު ކަށަވަރު ކުރެވެން ޖެހެއެވެ. ވެރިކަން ހިންގާ ބާރަށް މިނިވަންކަމާއެކު ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތަށް އަތްފައި ނުބަނދެވި އޮންނަ ނިޒާމެއް ކަށަވަރު ކުރެވެން ޖެހެއެވެ. ހަމަތިބެފައި ބަރުލަމާނީތޯ ނުވަތަ ރިޔާސީތޯ ރައްޔިތުން ކުރެން އަހާލުމަކުން ނުފުދެއެވެ. ނިޒާމީ ވޯޓުގައި ވޯޓްދޭން އެނގޭނީ އޭރުންނެވެ. 

]]>
Tue, 19 Sep 2023 13:05:53 +0500 ހީރަސްނިއުސް
ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް! https://heerasnews.com/1841 https://heerasnews.com/1841 އެމްޑީޕީގެ ސިޔާސަތު ތަކުން ރާއްޖެއަށް ތަޢާރަފްވެ ރައްޔިތުންނަށް ލިބެމުންދާ މަންފާތައް ނުހުއްޓި ކުރިއަށް ދިއުން މުހިންމު ކަމަށްވާތީ ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަތުމުގެ ބޭނުންތެރިކަން ބޮޑުވެ އެ މަނިކުފާނާ އެކު މަޝްވަރާ ކުރުމުގެ އިސްނެގުމެއް އުފަންވެއްޖެ ކަމުގެ މުޢުތަބަރު މައުލޫމާތު ލިބިއްޖެއެވެ. 

ރިޔާސީ ދެވަނަ ދައުރު ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް ސިޔާސީ މަސައްކަތުން ރިޓަޔަރ ކުރައްވާއިރު ދެން އެމްޑީޕީގެ ކުރިމަގު ބިނާ ކުރުމުގައި ވެސް ރައީސް ނަޝީދުގެ ދައުރު ކޮންމެހެން އޮތުމަށް މިހާރު ދެކެވޭ ވާހަަކަ ތަކުގައި ބާރުއެޅިގެން ދެއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ވަކި ނިންމެވުމެއް އަދި ނެތްނަމަވެސް އަނިޔާވެރި ޑިމޮކްރަސީއާ ދުރު ހަރުކަށިކަން އެނބުރި އައުމަށް ރައީސް ނަޝީދު ވެސް ރުހިވަޑައިނުގަންނަވާކަމަށް މަޢުލޫމާތު ލިބެއެވެ. އެހެން ނަމަވެސް މި މައުޟޫގައި ރައީސް ނަޝީދާ ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙާ ދެމެދު އެއްވެސް މަޝްވަރާއެއް ހިނގިކަން އަދި ކަށަވަރެއް ނޫނެވެ. 

ރާއްޖޭގެ ސިޔާސީ ކުރިމަގަށް އަންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅާ މެދު ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް ދެކެވަޑައިގަންވާ ގޮތް މީގެ ކުރިން ރައީސް ނަޝީދާ ޙިއްޞާ ކުރައްވާފައިވާ ކަމުގެ ކަށަވަރު މަޢުލޫމާތު ލިބެއެވެ.

]]>
Sun, 17 Sep 2023 16:41:01 +0500 ހީރަސްނިއުސް
ކުރިއަށް ނެރެގެން ތިބީ އަނިޔާވެރިކަން https://heerasnews.com/1834 https://heerasnews.com/1834 މިހާ އަވަހަށް ބަދަލު ހިފުމުގެ ވާހަކަ ދައްކަން ފަށައިފިއެވެ. އަނިޔާވެރިކަމާ އިސްކުރުމުގެ ވާހަކަ ގުގުމާލައިފިއެވެ.

މުއިއްޒުގެ ވެރިކަން ނިމެންދެން ރައީސް ސޯލިހު ބަހައްޓާނީ ޖަލުގައިކަމަށް އަދުރޭމެން ބުނަން ފަށައިފިއެވެ. ފެންނަން އޮތް ކުށެއް ސާބިތުވި ހުކުމެއް ނެތިއެވެ. 

ރަށްރަށުގެ ނިކަމެތި އެތައް ރައްޔިތަކަށް ރަށުގައި ތިބެގެން އަދާ ކުރާނެ ވަޒީފާ ހޯދާދީފާ ތިބުމުން މިހަރު ވަޒީފާ ދީފައި ތިބި މީހުން ވަޒީފާތަކުން ވަކިކުރަން އޮތީ ނިންމާފައެވެ. އެވާހަކަ ފާޅުގައި އެބަބުނެއެވެ. 

އެސްއޯއީ ތަކުގެ ޕްރަމޯޝަނަށާއި ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން އެތައް ނޫހަކަށް ދީފައިވާ އިސްތިހާރާއި ސްޕޮންސަރ ހުއްޓާލާ ނޫސްވެރިންނަށް މުސާރަ ދެވޭނެ މަގު ބަންދުކޮށް ނޫސްތައް ހުއްޓުވާލާން އޮތީ ކަނޑައަޅާފައެވެ.. 

ވަކިވަކި މީހުން ފާހަގަކޮށް ބަދަލު ހިފުމުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އެބަބުނެއެވެ. ވަކިވަކި މީހުން ސިޔާސީ ގޮތުން ބަދަލު ހިފުމަށާޓކާ ހައްޔަރުކޮށް އަދަބު ދޭނެ ކަމަށް އެބަބުނެއެވެ.

ދީފައިވާ ފުލެޓްތަކާ ގޯތިތައް ދިން މީހުންގެ އަތުން ވަކިކުރާނެ ކަމަށް އެބަބުނެއެވެ. ކުދި ރަށްރަށަށް ކަންތައް ކޮށްދިނުން ހުއްޓާލާ އެރަށްތައް ފަޅުކުރުމަށް އޮތީ ރާވާފައެވެ.

ޑރ. މުއިއްޒު ރައީސްބކަމުގެ ހުވާ ކުރައްވަނީ ހުޅުވާލައިގެން ބޭއްވި ޝަރީއަތެއްގައި ދިފާއު ނުވެވިގެން ކުރި ކޯޓު ހުކުމުން ކުރީގެ ރައީސް ޔާމިނު ވަގުތުން މިނިވަންކޮށްފަ ކަމަށްވެސް އެބަބުނެއެވެ. 

އަދި މިއުޅެނީ ވެރިކަން ނުލިބިއެވެ. ދެވަނަ ބުރުގައި ލިބޭނެ ކަމެއްވެސް އެނގެނީއެއް ނޫނެވެ. މިހާ އަވަހަށް ބަދަލު ހިފުމާ އަނިޔާވެރިކަން އެތިބީ އިސްކޮށްގެންނެވެ. 

]]>
Sat, 16 Sep 2023 00:26:11 +0500 ހީރަސް
އިންޑިއާ އަށް މޮޅީ ވެރިކަން ބަދަލުވުން https://heerasnews.com/1817 https://heerasnews.com/1817 އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފުދުންތެރި އިގްތިޞޯދެއް ބިނާ ކުރަން ރާއްޖޭގެ އެއްވެރިޔަކަށް 2 ދައުރު ލިބުމާ މެދު އިންޑިއާ ދެކެނީ ކޮންގޮތަކަށް ބާވައެވެ.؟ 

އެމީހުންނަށް އެންމެ ރަނގަޅުވާނެ އެއް ގޮތަކީ 5 އަހަރުން ވެރިއެއްގެ ފުށުން ނެގެން އޮތް އެޑްވާންޓޭޖެއް ނެގުމަށް ފަހު، އާބެޓެރި ބުރިއެއް ލައްވާހެން އަނެއް 5 އަހަރަށް އެހެން ވެރިޔަކު ހޮވުނީމަ އޭނަގެ ފުށުން ނެގެން އޮތް ފައިދާ އެއް ނަގާފައި އަނެއްކާ ވެސް އާމީހެއް ގެ ފުށުން އެމީހުންގެ މަގްޞަދު ތަށް ޙާޞިލު ކުރުމުގައި ދެމިތިބެވޭނެ ގޮތަށް ރާއްޖެ ހިނގަމުން ދިއުމެވެ. 

އައްޑޫގަ މަގު ހަދަން ފަށަމުން ކާށި ޖަހާ ހިންދޫ އަޅުކަމެއްގެ މަންޒަރު ދައްކާލިއެވެ. ، އެވީޑިއޯ ޢާންމުވެ އޭގެ ބަދުބަހާ ޑެމޭޖް ސަރުކާރަށް ލިބުނެވެ. އަޅަންފެށި ބްރިޖްގެ ތަނބެއް ޖަހާ އިދިކޮޅުން ސަރުކާރަށް ފުރައްސާރަ ކުރާ މޮނިއުމެންޓަކަށް އޭތި ހަދައިދިނެވެ. ދޮލަނގުގައި ކޮންކްރީޓް އެޅުމާ ވީލްބަރޯގެ ފިނިހަކަ ދުވެއްޔަށް ޕްރޮޖެކްޓަށް ލަސްކޮށް އެމަލާމާތް ސަރުކާރަށް އަމާޒު ކުރުވިއެވެ. އެއީ ސަރަހައްދީ އެންމެ ބޮޑުގައުމު އަދި ދުނިޔޭގެ ނިއުކްލިއަރ ބާރެއްގެ އުރައްޕު ހުރި މިންވަރު ކަމަކަށް ގަބޫލެއް ނުކުރެވެއެވެ މަޝްރޫޢުތަށް ލަސް ވަމުން ދިއުމުގެ ފަހަތުގައި ހަމަ އެހެން ސަބަބެއް ނެތީހެއްޔެވެ؟ ، ވޯޓަށް 2 ހަފްތާ އަށްވީމަ ކުއްލި އަކަށް މާލޭ ގެއަކުން ހިންދޫ ފާދިރީ އެއް ފެނުމަކީ ހަމަ އިއްތިފާގަކީ ބާވައެވެ؟ 

ރައީސް އިބޫ އަށް އިތުރު ދައުރެއް ލިބިއްޖެ ނަމަ ރާއްޖޭގެ އުތުރުގައި ޓްރާންޝިޕްމެންޓް ބަނދަރު ހެދުމަކީ ވެދާނެ ކަމެއް ކަމުގައިވެ، އައްޑޫ އިންޓަރގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް ޗައިނާ އިން ފައިނޭންސް ކުރުމަކީ އެމީހުން އެދޭނެ ގޮތްކަމުގައި ގަބޫލުކުރަން ފަސޭހައެއް ނޫނެވެ. 

ވަކި މީހެއް ނޫނެވެ. ކޮންމެ މީހަކު ވެރިކަމަށް އެރިޔަސް 5 އަހަރުން އެވެރިކަން ބަދަލުވެ ކަންކަން ދާމަގުން ކުރިއަށް ނުގޮސް އަބަދުވެސް އާފެށުމަކުން ފަށަންވީމާ ރާއްޖެ އޮންނާނީ އޮތްތަނުގައެވެ. 

އިންޑިއާގެ އެހީގައި ފަށާފައިހުރި ޕްރޮޖެކްޓްތަށް ގިނައެވެ. އަލަށް އާވެރިޔަކު ހޮވުނަސް އައްޑޫ އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓާ ދެންވެސް ދެބައިކަނޑަށް ދުވެފައިހުރި ޕްރޮޖެކްޓްތަށް ކުރިއަށް ގެންދަން ބޭނުމިއްޔާ ޖެހޭނީ އިންޑިއާ އާ ވާހަކަ ދައްކާށެވެ.  

އިންޑިއާ އަށް އެންމެ ރަނގަޅު ، ދިވެހިންނަށް އެންމެ ގެއްލުން ބޮޑު ގޮތަކީ ކޮންމެ 5 އަހަރަކުން ސަރުކާރު ބަދަލުވުމެވެ. ރައީސް މައުމޫނަށް ފަހު ކޮންމެ 5 އަހަރަކުން ރާއްޖޭގެ ސަރުކާރު ދަނީ ބަދަލުވަމުންނެވެ. ފެށިކަމެއް ނުނިމި ގައުމު އޮންނަންވީ އޮތްތަނުގައެވެ.

ހޮވޭނެއް ނުހޮވޭނެއް ކިޔާކަށް ނޭނގެއެވެ. މުއިއްޒު ހޮވުނަސް  އިންޑިއާ  އަކާ ދުރެއްވެސް ނުވެވޭނެއެވެ. އިންޑިއާ ކުންފުނިތައް  ބޭރެއް ވެސް ނުކުރެވޭނެއެވެ. މާގަދަވެފައި އެންމެ ޖީއެމްއާރެއް  ރާއްޖޭން  ބޭރުކުރީމާ  ބައިނަލް  އަގްވާމީ  ޓްރައިބިއުނަލް އަށް  އެމީހުން ގޮސްގެން ދޭން ޖެހުނު މާލީ ބޮޑު ބަދަލުގެ ހިތިކަން  މުއިއްޒަށް  ވެސް ހުންނާނީ  ފެނިފައެވެ.

]]>
Sun, 10 Sep 2023 16:03:08 +0500 Chief Editor
ހީރަސް ޕޯލް: އެއްބުރުން ރައީސް އިބޫ ހޮވޭ. https://heerasnews.com/1816 https://heerasnews.com/1816 މިކަހަލަ ކިތަންމެ އޮންލައިން ނޫހަކުން އެކި ބާވަތް ބާވަތުގެ ޚިޔާލު ހޯދުމުގެ ވޯޓާ ޕޯލްތައް ހަދާ ނަތީޖާތައް ފުލުފުލުން ކުލަކުލައިގާ އެބަ ނެރެއެވެ. ރަށްރަށާ  ސިޓީ ތަކާ އަވަށްތަށް ވަކިން ވެސް ނަތީޖާ އެބަދައްކައެވެ. 

މާދަމާ ވޯޓް ނަގާ މި އަހަރުގެ ރިޔާސީ އިންތިޚާބަކީ ތަފާތު އިންތިޚާބެއްކަން ހީރަސް ނޫހުން ދެމަސް ވަންދެން މުޅިރާއްޖެ އަތްފުނާ އަޅައިގެން ހެދި ޕޯލުގެ ނަތީޖާ މިއަދު 2:00 ގައި ނިންމާލައިފީމެވެ. 

މަލްޓި ޕާޓީ ނިޒާމުގައި އެއްބުރުން ނަތީޖާ ނެރުމަކީ މިހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް މިފަހަރު ހީރަހުން ހެދި ޕޯލްގެ ނަތީޖާ ދެއްކީ ތަފާތު ކޮންނެވެ.

މާދަމާގެ ވޯޓް އެއްބުރުން ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް ކާމިޔާބު ކުރައްވާނެ ކަމަށް މިޕޯލުން ދައްކަނީ އެންމެ ދަށް ވެގެންވެސް 54އިން ސައްތަ އަށްވުރެ މަތިންނެވެ  .

މިނަތީޖާ މިހެން ދެއްކި މައިގަނޑު ސަބަބަކީ ކުދި ރަށްތަކުގެ ބޮޑު އަޣުލަބިއްޔަތު ރައީސް ސޯލިހު ތަނަވަސްކޮށް ނެންގެވުމެވެ. އަދި އެއާ އެކު މެދުފަންތިއާ ބޮޑެތި އާބާދީ ތަކުގެ ވޯޓްވެސް 2018 އާ އަޅާ ކިޔާއިރު ދަށްނުވެ އެވްރެޖް ވަޒަނުގައި ހިފެހެއްޓިފައި ހުރުމެވެ. 

މަންޒަރު ފެންނަ ގޮތާ އެއްގޮތަށް ރައީސް ޔާމީނަށް އޮތް އިދިކޮޅުގެ ތާއީދު ޕީއެންސީ ކެންޑިޑޭޓަކަށް ނެތެވެ. އަނެއްކޮޅުން ޑިމޮކްރެޓްސްގެ ސަބަބުން ރައީސް ޞޯލިޙަށް ގެއްލޭ ވޯޓަށްވުރެ އެމްޑީޕީއަށް ކުރިންނެތް މާގިނަ ވޯޓް ރައީސް ޞޯލިހަށް އެބަ ލިބިވަޑައިގަނެއެވެ.

އަދި މިނަތީޖާ އެއްބުރުން ރައީސް ޞޯލިހަށް ސިއްކަ ޖަހައިދެނީ އައްޑޫ ސިޓީ އާ މާލެ ސިޓީން ރައީސް ޞޯލިޙް ހޯއްދަވާ "ޑިސިސިވް "  ޗަންްކްގެ  ސަބަބުންނެވެ. 

ކުރިއާ ޚިލާފަށް ކުރިން ގާސިމް އިބްރާހިމް ނެންގެވި ބައިލައްކަ ވޯޓް މިފަހަރު ހުރީ ކިރިޔާ 2 އަކުރާ ހަމައަށް އަރާ ހާހުގައެވެ. 

ހީކުރިގޮތާ ޚިލާފަށް ކާނަލް ނާޒިމްގެ ނަން ދިވެހިންގެ ހިތަކު ބިންވަޅުނެގޭ ތަން މިޕޯލް އަކުން ނުދައްކައެވެ. ވީމާ 2023 ވެގެންދާނެ ކަމަށް މި ދައްކަނީ ރިޔާސީ އިންތިޚާބް ދެވަނަ ފަހަރަށް އެއްބުރުން  އިބޫ ކާމިޔާބް ކުރާ ފަހަރެއްގެ ގޮތުގައެވެ. ޑިމޮކްރެޓިކް ވާދަވެރި އިންތިހާބު ބާއްވަންފެށި ފަހުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމުގެ ރެކޯޑް ހާސިލްކުރާ ފުރަތަމަ ދިވެއްސަކަށް ރައިސް ސޯލިހުވެ ވަޑައި ގަތުމެވެ. 

ރައީސް ޞޯލިހަށް ދެވަނަ ދަައުރު ކަށަވަރުވާ އެއް ސަބަބަކީ ރައީސް ނަޝީދާ ދެކޮޅަށް ޖައްސާ ލާދީނީ ވަތަނީ ބަސްތައް ރައީސް ޞޯލިޙާ ދެކޮޅަށް އިފެކްޓިވް ނުވުމެވެ.

]]>
Fri, 08 Sep 2023 16:57:39 +0500 ހީރަސްނިއުސް
ރައީސް ސޯލިހު ރާއްޖޭގެ ހާލަތު ރަނގަޅުކޮށްފި: މުއިއްޒު https://heerasnews.com/1798 https://heerasnews.com/1798 ރައީސް ސޯލިހު ރާއްޖޭގެ ހާލަތު ކުރިއަށްވުރެ ރަނގަޅުކޮށް ހާލަތު ބަދަލުކޮށް ފިކަމަށް ޑރ. މުއިއްޒު އެއްބަސްވެ ވަޑައިގެންފިއެވެ. ސަންގު ބަހުސްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު އެކަމަށް އެއްބަސްވެ ވަޑައިގަތީ ބޯހިޔާވަކިމާ ގުޅޭ ގޮތުން ކުރެވުނު ބަހުސްގެ ތެރޭގައެވެ. 

7 ފެބްރުއަރީ 2012 ގައި އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ފަހު އުފެދުނު ބަގަވީ ސަރުކާރުގެ ހައުސިން މިނިސްޓަރ ކަމުގައި ހުންނެވީ ޑރ. މުއިއްޒެވެ. 2013ގައި އުފެދުނު ރައީސް ޔާމީނު ސަރުކާރުގެ ވެސް ހައުސިން މިނިސްޓަރަކީ ޑރ. މުއިއްޒެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ގުޅީފަޅުން ގިނަ ބަޔަކަށް ގޯތި ވިއްކިއެވެ. އެގޯތިތައް ގަތް ފަރާތްތަކުން ބޮޑެތި ހަރަދުތައް އެގޯތިތަކަށް ކޮށްފައިވެއެވެ. އެހެން ނަމަވެސް ޑރ. މުއިއްޒުގެ 7 އަހަރުގެ ހައުސިންގ މިނިސްޓަރު ކަމުގައި ރައީސް ޔާމީނުގެ ވެރިކަމުގައި ގުޅިފަޅުން ވިއްކި ގޯތިތައް ގަތް މީހުންގެ އަތުން އަތުލިއެވެ. އެއްވެސް ބަދަލެއް ނުދިއެވެ. މާލޭގެ ރައްޔިތުންގެ އެތައް ބަޔަކަށް މާލީ ބޮޑެތި ގެއްލުން ތަކެއްދީ އަނިޔާވެރި ކަމާއެކު އެކަން ކުރުމުގައި ރައީސް ޔާމީނާ ބައިވެރިވެވަޑައިގެން އިސްވެ އެކަން ކުރެއްވީ ޑރ. މުއިއްޒެވެ. 

ރައީސް ސޯލިހުވެރި ކަމަށް ވަޑައިގަތުމަށް ފަހު ގުޅީފަޅުން ގޯތި ލިބުނު މީހުނަށް އަދުލުވެރި ބަދަލު ދެއްވާ އެ މީހުންނަށް ތަސައްލީ ހޯއްދަވާ ދެއްވިއެވެ. ހަމަ އެއާއެކު މާލޭ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ހިލޭގޯތި ދޭން ނިންމަވާ ހުޅުމާލެއާއި ގުޅީފަޅާ ގިރާވަރުފަޅުން ގޯތިކަނޑާ މާލޭގެ 18000 މީހުނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. 

ޑރ. މުއިއްޒުގެ ވެރިކަމެއްގައިވެސް ރައީސް ސޯލިހު ދޫކުރައްވާ ގޯތިތައް އެ ގޮތުގައި ލިބި ދެވޭނެ ކަމަށާއި އިމާރާތް ކުރެވޭނެ ގޮތް ހައްދަވާ ދެއްވާނެ ކަމަށް ބަހުސްގައި މުއިއްޒު ވިދާޅުވިއެވެ. އެހެން ނަމަވެސް ޑރ. މުއިއްޒަކީ ގުޅިފަޅުން ބިންގަތް ފަރާތްތަކަށް ބަދަލުނުދީ ގޯތިތައް ވަކިކުރި ފަރާތްކަމުން މުއިއްޒަށް ދެންވެސް އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ސޯލިހު ރައްދު ދެއްވިއެވެ. 

ދެއްވި ރައްދުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ އޭރު މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫން ކަމަށެވެ. ގުޅިފަޅާ ޖެހިގެން އޮތް ތިލަފުށިން އަރާދުމުން ގުޅިފަޅުގައި މީހުން ދިރިނޫޅެވޭނެ ކަމަށް ގަބޫލު ކުރެއްވީތީ އެއްވެސް ބަދަލެއް ދިނުމެއްނެތި އަނިޔާވެރިކަމައެކު އެކަން އެގޮތަށް ކުރެއްވީ ކަމަށް މުއިއްޒު އެއްބަސްވެ ވަޑައިގަތެވެ. ތިލަފުށިން ދުން އެރުމުގެ މައްސަލަ މުއިއްޒުގެ ވަޒީރުކަމުގެ ހަތް އަހަރުގައި ހައްލު ނުކުރެވުނު ކަމަށާއި މިހާރު އެހާލަތު ބަދަލުވެފައިވާ ވާކަމަށް ވެސް މުއިއްޒު އެއްބަސްވެ ވަޑައިގަންނެވިއެވެ. ތިލަފުށިން ދުން އެރުމުގެ މައްސަލަ ހައްލު ކުރައްވާފައިވަތީ މިހާރު ގުޅިފަޅަކީ މީހުން އާބާދުކުރަން އެންމެ ރަނގަޅު އެއްތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

]]>
Sun, 03 Sep 2023 12:27:08 +0500 ހީރަސްނިއުސް
ބޮޑުފޮޅުދޫ ކައުންސިލް އެމްޑީޕީއަށް https://heerasnews.com/1752 https://heerasnews.com/1752 ރައީސް ސޯލިހު ހެޔޮވެރިކަމުގެ މަންފާ ރައްޔިތުންނަށް ލިބެމުން ދާކަން ރާއްޖޭގެ ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ކައުންސިލަރުން އެމްޑީޕީއަށް ސޮއިކޮށް ރައީސް ސޯލިހު ދެވަނަ ދައުރަކަށް ރާއްޖޭގެ ރައީސްކަމަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވަމުން ދާދިޔުމަކީ ހެޔޮވެރިކަމެއް ދެމި އޮތުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ވަޒަން ކޮށްދޭ ކަމެކެވެ. 

އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއަކީ މިނިވަން މެންބަރެއް ގޮތުގައި އެރަށު ކައުންސިލްގެ ރައީސް ކަމަށް ހޮވިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ރައީސް ސޯލިހަށް ތާއިދުކޮށް އެމްޑީޕީއަށް މިއަދު ސޮއި ކުރެއްވުމަކީ ރައީސް ސޯލިހުގެ ހަމަހަމަ ސިޔާސަތު ރައްޔިތުން ބަލައިގެންފައިވަ ކަމުގެ ހެއްކެކެވެ. 

ބޮޑުފޮޅުދޫ ރައީސް ޝުޖާއުގެ އިތުރުން ޕީޕީއެމްއިން ކައުންސިލް ގޮނޑިއަށް ހޮވިވަޑައިގަތް ހުންނެވި މުހައްމަދު ނާޝިދު ވެސް މިއަދު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައި ފޯމު ރައީސް އާއި ހަވާލު ކުރައްވާފައެވެ.

ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ ޕީޕީއެމް މެމްބަރަކު އެމްޑީޕީއަށް ސޮއި ކުރެއްވުމުން މިހާރު އެރަށު ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ. އެމްޑީޕީގެ ތިން ކައުންސިލަރުންނާއި މިނިވަން ދެ ކައުންސިލަރުން ހިމެނޭ ބޮޑުފޮޅުދޫން 63 މީހަކު މުޅިން އަލަށް އެމްޑީޕީއަށް ސޮއިކޮށް މެންބަރޝިޕް ފޯމް ރައީސް ސޯލިހު އަތްޕުޅަށް ވަނި އަރުވާފައެވެ. 

]]>
Wed, 16 Aug 2023 15:06:45 +0500 ހީރަސްނިއުސް
ޕީޕީއެމް ސަރުކާރުން ރައްޔިތުންނަކަށް ނުވިސްނާ: މުއިއްޒު https://heerasnews.com/1748 https://heerasnews.com/1748 ޕީޕީއެމް ސަރުކާރުން ރައްޔިތުންނަށް ނުވިސްނާ ކަމަށް ދޭހަވާހެން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވައިފިއެވެ. މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވީ ހއ. ވަށަފަރަށް ކުރައްވާ ކެންޕެއިން ދަތުރުގައެވެ.  މުއިއްޒު ވިދާޅުވީ އަސާސީ ބޭނުންތައް ފުއްދަން ވައުދުވާން ނުޖެހޭކަމަށެވެ. ކެންޑިގޭޓުން ވައުދުވަނީ ރައްޔިތުންނާ މެދު ނުވިސްނާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

ރާއްޖޭގެ ހައުސިން އިންފްރާންސްޓްރަކްޗަރ ވަޒީރުކަން ހަތް އަހަރު ކޮށްފައިވާ ޑރ. މުއިއްޒު އެއްވެސް ވަރަކަށް ރައްޔިތުންނާ މެދު ވިސްނާފައި ނެތްކަން އަމިއްލަ އިއުތިރާފުން އެވިދާޅުވީއެވެ. ޑރ. ވަހީދުގެ ބައި ދައުރާއި ރައީސް ޔާމީނުގެ ފަސް އަހަރު ޖެހި ޖެހިގެން އަސާސީ ހިދުމަތްތައް ގާއިމުކުރުމާ ބެހޭ ވަޒީރުކަމުގައި ހުރެގެން ރަށްރަށުގެ ފެނާ ނަރުދަމާ ނޭޅީއެވެ. ލަފާފުރޭނެ ފަސޭހަ ބަނދަރުތައް ރަށްރަށުގައި ނުހެދީ އެހެން ވެއެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ރަށްރަށުން ކަރަންޓް ދިޔައީ އެހެން ވެއެވެ. ގެނދަބުޅި އަރާ ހަސްނެތިފައި އިންޖީނުގެތައް ހުރީ އެހެންވެއެވެ. ދަތުރުފަތުރުގެ ނިޒާމް ގާއިމު ނުކޮށް އޮތީ އެހެންވެއެވެ. ވަހީދު ސަރުކާރާއި ޔާމީނު ސަރުކާރުގެ އެއްވެސް ވިސްނުމެއް ރައްޔިތުންނާ މެދު ނެތީމައެވެ. 

ބުނަން ހެއްޔެވެ. މުއިއްޒު ވެރިކަމަށް އައިސް ފުއްދާ ދޭނެ އަސާސީ ހިދުމަތެއް ނޯންނަ ވަރަށް ރައީސް ސޯލިހު އެވަނީ ގިނަ ރަށްރަށުގައި ލަފާފުރުމުގެ ދަތި ހައްލުކޮށްދީފައެވެ. އެތައް ރަށެއްގައި ދަނީ އެމަސައްކަތް ކުރަމުން ނިމެމުންނެވެ. ތިޔަކުރާ ކެންޕޭން ދަތުރުތަކުގައި ރަށްރަށަށް އަރާފައިބަން ލިބިފައި އޮތް ފަސޭހައަކީ ރައީސް ސޯލިހުގެ ނިމެމުންދާ ފަސް އަހަރު ކުރެއްވި ހެޔޮވެރި ކަމުގެ ނަތީޖާއެވެ. 2018ގައި ކެންޕޭން ކުރި އިރު ރަށްރަށަށް އަރަން އުޅުނު ދަތި ހާލު ހަދާނެއް ނެތްދޯއެވެ. 

ކަރަންޓާ ފެނުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ހިޔާވަހިކަން ނުލިބޭ މީހަކު ނުހުއްނާނެ ދުވަސްވެސް ލައްކަ ކައިރއެވެ. އެމީހަކު ދިރިއުޅެން ބޭނުން ތާކުން ހިޔާވަހިކަން ރައީސް ސޯލިހު އެގެންދަވަނީ ހޯއްދަވާ ދެއްވަމުންނެވެ. ޕީޕީއެމް ކޮންޓްރޯލު އޮތް ބަގަވީ ސަރުކާރަކާ ޕީޕީއެމް ސަރުކާރެއް ރައްޔިތުން ވަނީ ދެކެފައެވެ. މަގާ ބަނދަރާ ހެދީ ކޮންތާކު ކިހިނެއްކަން ރައްޔިތުންނަށް އެގެއެވެ. 

ހޮދު އަމިއްލަ އުފަން ރަށަށްވެސް މުއިއްޒުމެންގެ ވެރިކަމުގައި ކޮށްދިން ކަމެއް ހަރާމުން ހަރާމެވެ. ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅަން ނޫޅޭށެވެ. ރަށްރަށު ރައްޔިތުންނަށް ގޯތި ނުދީ ރަށްރަށުން މުއިއްޒުމެންގެ ބޭނުމަށް 13 ސާދަ ގެވަޅު ކަނޑަން ދިމާކުރީ ތިޔަ މުއިއްޒެވެ. އެރަށްރަށު މީހުން އެކަން ހަނދާނެއް ނުނެތެއެވެ.  

ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ނަމަ ހަތް އަހަރު ލިބުނެވެ. އެކަމެއް ނުވިއެވެ. ދެންވެސް ނުވާނެއެވެ. ބަލަ މުއިއްޒޫއެވެ. ރަށްރަށުގެ ބިންތައް ބާރު ސްޕީޑްގައި ހިކެމުން ދާތަނެއް ނުފެނޭ ހެއްޔެވެ. ހިއްކައިގެން ބިންތަކުން ދޫކުރާ ގޯތިތަކުގައި އިމާރާތެއް އެޅުމަށް ލުއި ލޯން ނިޒާމެއް ހަމަޖެހި އެލޯނުގެ މަންފާ ރައްޔިތުން ހޯދާކަމެއް ނޭނގޭ ހެއްޔެވެ. ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަކި ރަށެއް ތަފާތު ނުކޮށް ކުރިއަށް ގެންދާނެ ކަމަށް ބުނާއިރު ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކޮށް ރައީސް ސޯލިހު އެކަންކަން ކޮށް ނިންމާ ތަނެއް ނުފެނޭހެއްޔެވެ.

މުއިއްޒު ތިޔަ އުޅުއްވަނީ މާފަހަތުގައެވެ. ތިޔަ އުޅުއްވެނީ ރައީސް ސޯލިހުގެ ނިމިދާ ދައުރުގެ މެނެފެސްޓޯގައެވެ. ވާނެ ވައުދެއް ދައްކާނެ ވާހަކައެއް ނެތިއްޔާ ތިޔަ ބޭކާރު މަސައްކަތް ހުއްޓަވާލައްވާ ދިވެހީންގެ ރާއްޖެ ލާފުރާ ފުރިހަމަ ކުރަން އިބޫއާ އަތުގުޅާ ލައްވާށެވެ.  

]]>
Mon, 14 Aug 2023 20:22:16 +0500 ހީރަސްނިއުސް
ރައީސް ޞާލިޙު ކާމިޔާބު ކުރައްވާނީ އެއްބުރުން: ޝާހިދު https://heerasnews.com/1734 https://heerasnews.com/1734 މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އޮނަރަބަލް އަބްދުއްލާ ޝާހިދު ތިލަދުންމަތީ ދެކުނު ބުރިއަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައިފިއެވެ. ތިލަދުންމަތީ ދެކުނުބުރީގެ 13 ރަށަކަށް ކުރެއްވި ދަތުރު ނިންމާލައްވަނީ ހިތްޕުޅު ހަމަޖެހި ވަޑައިގެން ހުންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ތިލަދުން މައްޗަށް ކުރެއްވި ދަތުރާ ގުޅެގޮތުން ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވާ ގޮތުގައި ތިލަދުން މަތީ ދެކުނުބުރީގެ 13 ރަށްރަށުން ޝާހިދު ދެކި ވަޑައިގަތީ އަދި އިހްސާސް ކުރެއްވުނީ އާދަޔާ ޚިލާފު ވަރުގަދަ ރޫހެއް ކަމަށާއި އާދަޔާ ޚިލާފު ވަރުގަދަ ޖޯޝެއް ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަށް ރައްޔިތުން މިހާރު ތިބީ ކަމަރުބަނދެގެންނެވެ. އެމަނިކުފާނު ވިދާޅުވީ " އިރާދަކުރެއްވިއްޔާ މި އިންތިޚާބު ރައީސް ޞާލިޙު ކާމިޔާބު ކުރައްވާނީ އެއްބުރުން" އެވެ. 

]]>
Thu, 10 Aug 2023 15:50:25 +0500 ހީރަސްނިއުސް
މަރުހަބާ! އެމްޑީޕީ ރަނިންގމޭޓް އަސްލަމް https://heerasnews.com/1713 https://heerasnews.com/1713 ރިޔާސީ އިންތިހާބުގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސެވުމަކީ ކުރިއަށް އެޅުއްވި ހެޔޮ ފިޔަވަޅެކެވެ. 

އެމްޑީޕީގެ ރަނިންގ މޭޓްކަމަށް އައްޑޫ ހިތަދޫގެ އަގުހުރި ދަރިއަކު އައްޔަންވެގެން ދިޔަ ދިއުމަކީ އެމްޑީޕީގެ ކުރިމަގަށް ދިއްލާލެވުނު އަލިގަދަ ދަންމަރެކެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނެވި އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސެވީތީ ރައީސް ސޯލިހަށް ޝުކުރުވެރި ވަމެވެ. އިއްޒަތްތެރި މެންބަރަށް މަރުހަބާ ކިޔަމެވެ. 

މެންބަރ އަސްލަމް އެމްޑީޕީގައި ގުރުބާން ކަންބަޅިއެއްގެ ގޮތުގައި ރައީސް ނަޝީދު ގެންގުޅުއްވި ގެންގުޅުއްވުން ރައީސް ސޯލިހު ނިންމަވާ އެލެއްވީ އަސްލަމަށް ހައްގު މަގާމު އަރުވައިގެންނެވެ. އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އަސްލަމް ގެންނަވަން ރައީސް ނަޝީދު ތާއީދު ކުރައްވައިގެން އުޅުއްވުމަށް ފަހު އެ ގޮޑިއަށް އެންމެ ފަހު ވަގުތު ސަވާރުވެ ވަޑައިގަތީ ރައީސް ނަޝީދެވެ. އަސްލަމަށް ރައީސް ނަޝީދު ދެއްވީ ދޯކާއެވެ. 

އެމްޑީޕީގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބުގައިވެސް ރައީސް ނަޝީދު އަސްލަމަށް ދެއްވީ ލަނޑެވެ. އިންތިހާބު އޮޅާލައިގެން އެމްޑީޕީގެ ނައިބުރައީސް ކަމަށް ގެނައީ ރައީސް ނަޝީދުގެ ބޯއީ މުހައްމަދު ޝިފާޒް (ސިއްޕެ) އެވެ. އެކަމުގައިވެސް ރައީސް ނަޝީދު އައްޑޫ އަސްލަމަށް ދެއްވީ ލަނޑެވެ. އައްޑޫ ރައްޔިތުން ދެކެ މާ ލޯބިވާކަމަށް ދައްކަވައިގެން ކޮންމެ ފަހަރަކު އައްޑޫ މީހުނަށް ރައީސް ނަޝީދު ދެއްވަނީ ކެއްސެވެ. ދޯކާއެވެ. އެކަމަކު ރައީސް ސޯލިހު ތަފާތެވެ. 

މެންބަރު އަސްލަމަކީ އެމްޑީޕީގައި ކިހާވަރެއްގެ ބޭފުޅެއްކަން ރައީސް ސޯލިހު ދެނެވަޑައިގަންނަވައެވެ. އަސްލަމަށް ރަނިންގ މޭޓްކަން ހަމަޖެއްސެވުމުގައި ޕާޓީގެ މަސްލަހަތާއި ހިދުމަތާ ލީޑަރޝިޕަށް ވަރަށް ރަނގަޅަށް ބައްލަވައިފިއެވެ. ތެދުވެރިކަމާ އަމާނާތް ތެރިކަމާއެކު ނައިބު ރައީސް ފައިސަލް ނަސީމްއަށް އިހުތިރާމް ކުރައްވާ އެ މަނިކުފާނުގެ ހިދުމަތަށް ކުރުނީސް ކުރައްވަމުން ދެވަނަ ދައުރަށް އަސްލަމް ހިޔާރު ކުރެއްވީ ސުލްހަވެރިކަމާއި އެކު ހިޔާލުފުޅުތައް އެއްގޮތް ކުރައްވައިގެންނެވެ. އެމްޑީޕީގައި ނަންހިގާ ސިޔާސީ އެތައް ބޭފުޅުން އެއްފަސް ކުރައްވައިގެނެވެ. 

އޮނަރަބަލް ޝާހިދު ފަދަ ފުންނާބު އުސް އެތައް ސިޔާސީ ލީޑަރުންގެ ރުހުމާ ލޯތްބާއެކުގައެވެ. މިއަދުގެ އެމްޑީޕީއަކީ އުފާވެރި އަމާން ރާއްޖެ ރައްޔިތުންނަށް ހޯދާދިނުމަށް އަމިއްލަ ޝުހުރަތު ގުރުބަން ކުރައްވަން ކެރިވަޑައިގަންނަވާ ޑިމޮކްރެޓިކް ވެލިއުސް ހުރި މެންބަރުންގެ ޕާޓީއެކެވެ. އެމްޑީޕީގެ އަމާޒަކީ ދެވަނަ ދައުރު ކަށަވަރު ކުރުމެވެ. އެކަމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެވޭވަރުގެ ސިޔާސީ ތަސައްރަފު ފުދިފައިވާ މީހަކަށް އެމްޑީޕީ ކޮންމެ މެންބަރަކު މިއަދު ވެއެވެ. 

ފިތުނަވެރިން ވާދަވެރިކަމުގައި ދަމާ ގުއިރޯނެއްގައި މިއަދުގެ އެމްޑީޕީއެއް ނުޖެހޭނެއެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވާތާ 15 އަހަރު ވެފައިވާ އަސްލަމް މިހާރު ވެސް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގައި އައްޑޫގައެވެ. އަސްލަމަކީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ޕާޓީގެ އިސް ސަފުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވަރަށް ބުރަ ބޮޑެތި މަސައްކަތްތަކެއް މަޖިލިހުގައާއި ޕާޓީގެ މަތިފަޑީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 

]]>
Sat, 05 Aug 2023 19:32:38 +0500 ހީރަސްނިއުސް
މާޖިދަށް: ކުށްވެރިއަކު ދައުލަތް ހިސޯރުކުރަން ގާނޫނީ ފަރުވާއެއްނޯންނާނެ https://heerasnews.com/1709 https://heerasnews.com/1709 ގާނޫނުއަސާސީގައި ސަރީހަކޮށް އޮތްކަމެއް އެހެން ގޮތަކަށް ފޮރޮޅާލަން އުޅުމުން އެކަން ބޮޑުނުވާ، ބައެއް ގާނޫނީ ވަކީލުންނަށް ބޮޑުވީ މައްސަލައެއް ފައިސަލާ ކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ޝަރީއަތުގެ މަޖިލީހުގައި މުއައްކިލަކާ ސުވާލެއް ކުރުމުންނެވެ.

ކުށެއްގެ އަދަބު ތަންފީޒު ކުރަމުން ރައިސުލްޖުމްހޫރިއްޔާ ކަމަށް ނުވަތަ ޕަބްލިކް އޮފީހަކަށް އާދެވޭ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީގައި ހަމަޖެހިފައެއް ނެތެވެ. ދައުލަތުގެ ކަމަކާ ހަވާލުވެ ހުއްޓާ ކުށްވެރިވިޔަސް ޖެހެނީ އެކަމަކުން އެމީހަކު ދުރުކުރާށެވެ. ކުށްވެރިއަކަށް ދައުލަތުގެ އިންތިހާބީ މަގާމަކަށް ކުރިމަތިލުމަށް ހުރަހެއް ގާނޫނު އަސާސީގައި ސަރީހަކޮށް ނެތްކަމަށް އުސްތާޒު މާޖިދު ފަދަ ވަކީލުންނަށް ހީފުޅުވެ ވަޑައިގަންނެވުމުން އެކަން އޮތީ އެހެންތޯ ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވުމުން މަޖިދުމެން ފަދަ ވަކީލުން ސުވާލު އުފެއްދެވީމާ ހައިރަނެއް ނުވެއެވެ.

ހަމަތެދެކެވެ. މުޅި ގާނޫނު އަސާސީ އޮތީ ކުށްވެރިންނަށް ދައުލަތުގެ އެއްވެސް ކަމަކާ ކައިރިވެވޭ ގޮތަކަށް ނޫނެވެ. ދައުލަތުގެ ކަމަކާ ހަވާލުވެ ހުއްޓާ ކުށްވެރިވިޔަސް އޮންނަނީ އެކަމަކުން ދުރު ކުރާ ގޮތަށެވެ. ގާނޫނު އަސާސީގައި އެއަސްވުރެ ވަކީން ބޮޑަށް ސާފު އެހެން ކަމެއް ނެތެވެ.

ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރކަން ކޮށްފައި ހުންނަ މީހެއް ނިޔަތް ހަރާބުވީމާ ފަނޑިޔާރަކު ކުރާ ސުވާލަކުން ވަކި ހުކުމެއް ނެރުމުގެ ނިޔަތުގައި ސުވާލެއް ކުރީކަމަށް ހީވެދާނެއެވެ. ކުށްވެރިންނަށް ދައުލަތުގެ ކަމަކާ ހަވާލު ނުވެވޭ ގޮތަށް އޮތް އޮތުމަށް ވުރެ ޤާނޫނު އަސާސީގައި ޞަރީޙަކޮށް އެގެން އޮތްކަމެއް ނެތެވެ. 

ރައީސުލްޖުމްހޫރިއްޔާކަމަށް ވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވިޔަސް މިނިވަން މުއައްސަސާއަކަށް އިސްކުރެވޭ މީހެއްވިޔަސް ކުޑަމިނުން އާދައިގެ ސިވިލް މުއައްޒަފަކަށްވިޔަސް ހުކުމެއް ތަންފީޒު ކުރެވެމުންދާ އެއްވެސް މީހަކަށް ދައުލަތުގެ އެއްވެސް މަގާމަކަށް ކުރިމަތި ލެވޭގޮތަށް ގާނޫނު އަސާސީގެ އަކުރެއް ފިއްޔެއްވެސް ނެތެވެ. ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ އެއްވެސް ގާނޫނެއްގައިވެސް އެކަމަށް ބާރުލިބޭ މާއްދާއެއް ނެތެވެ. 

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހެއްގައި ހުންނާން ޖެހޭ ޝަރުޠުތަކާމެދު ހިލާފެއް އުފެދި ގެނެއް ނޫޅެއެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ރޫހާ ހިލާފަށް ވަގަކު ދައުލަތް ހިސޯރު ކުރަން އުޅޭ އުޅުމަށް ގާނޫނީ ފަރުވާއެއް ނޯންނާނެއެވެ. 

]]>
Sat, 05 Aug 2023 12:01:24 +0500 ހީރަސްނިއުސް
ނުނިމެޔޭ ނުކިޔާ ނިންމަން ޖާގަދީ! https://heerasnews.com/1708 https://heerasnews.com/1708 ރައްޔިތުން ނިކުމެ ވޯޓުލައިގެން ވެރިކަމަށް މީހަކު ގެންނަނީ ކީއްކުރަން ހެއްޔެވެ. ވަކި މީހަކަށް ބޮޑު މުސާރަޔާ އިނާޔަތާ ރައްކާތެރިކަން ހޯދަދޭން ހެއްޔެވެ. ރައްޔިތުންގެ މައްޗަށް އާރާބާރު ހިންގާނެ މީހަކު ނެތިގެން ހެއްޔެވެ. ފަސްއަހަރުން ފަސްއަހަރުން ވެރިކަން ކުރާ މީހާ ބަދަލުކުރަން ފުރުސަތު ގާނޫނުގައި އޮންނާތީ ހެއްޔެވެ. ނޫނެކެވެ.

ރައްޔިތުން ވެރިކަމަށް މީހަކު ގެންނަނީ މުޅި ރައްޔިތުންގެ ލާބަޔާ މަންފާއަށެވެ. އިހުނަށްވުރެ ހާލަތު ހެޔޮ ކުރުމަށެވެ. އުފާވެރިކަމާއި އަމާންކަން ކަށަވަރު ކުރުމަށެވެ. ލޯތްބާއި ކުލުނުން ފުރިގެންވާ މުޖުތަމައެއް ބިނާކޮށް ދެމެހެއްޓުމަށެވެ. އެހެން ނޫންނަމަ ވަކި މީހަކަށް މޮޅާ ރަނގަޅު ހޯދާދޭން ރައްޔިތުން ގުރުބާން ވާންޖެހޭ ސަބަބެއްނެތެވެ. 

ވެރިކަމަށް އައުމައްޓަކާ ވައުދާއި އަހުދުތައް ވަނީ އެހެން ވެގެނެވެ. ވައުދުވާ ހުރިހާ ކަމެއް ވެރިކަމުގެ މުއްދަތުގައި އެކަކަށްވެސް ފުރިހަމަ އެއްނުކުރެވެއެވެ. އަމްދުން ރާއްޖެ ފަދަ ވަސީލަތް މަދު ވަކިވަކި ޖަޒީރާ ތަކެއް އެކުލެވޭ ގައުމެއްގައި ކަންކަން ހަމަހަމަ ކަމާއެކު އެއް ނިސްބަތެއްގައި ފުރިހަމަ ކުރެވުމަކީ މުސްތަހީލު ކަމެކެވެ. 

ކޮންމެ ރަށެއްގައި ހޮސްޕިޓަލެއް ނުބެހެއްޓޭނެއެވެ. އެއަރޕޯޓެއް ނޭޅޭނެއެވެ. ޔުނިވަރސިޓީއެއް ނުއުފެއްދޭނެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ކުރުމަކީ މުސްތަހީލު ކަމެކެވެ. އެކަމަކު އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ހުންނަން ޖެހޭ އަސާސީ ކަންކަން ކިތަންމެ ބައިމަދަސް ޖެހޭނީ ކޮށްދޭށެވެ. 

ރައްކާތެރި ސާފުފެނާއި ނަރުދަމާއާއި ކަރަންޓް ލިބެން ހުރުމަކީ ލާޒިމު ކަމެކެވެ. ލަފާފުރޭނެ ފަސޭހަ އިންތިޒާމް ހަމަޖެހިފައި އޮންނަން ޖެހެއެވެ. ހިޔާވަހި ކަމާއި އުނު އަންނައުނާ ލިބުމަކީ ދިރި ހުރުމުގެ ހައްގަށް ފަހު އެންމެ އިސްކަމެއް ދެވޭ ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމެވެ. ކާޑާއި އަސާސީ ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަ ޖެހެން ޖެހެއެވެ. މިސްކިތާއި މަދަރުސާ ނެތިއެއް ނުވާނެއެވެ. އެރަށެއްގެ ފެންވަރުން ކުޅިވަރުކުޅެ މުނިފޫހި ފިލުވާނެ ގޮތްތަކެއް ވާންޖެހެއެވެ. ދިރިއުޅޭ ރަށުން އާމްދަނީ ހޯދޭނެ ގޮތްތަކެއްވެސް ވާންޖެހެއެވެ.  

ރާއްޖޭގައި ތަރުތީބު ވެގެން ވެރިކަން ހިނގާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. ރާއްޖޭގެ ރައީސްކަމަށް އިބްރާހީމް މުހައްމަދު ސާލިހު އައުމާ ހަމައަށް ރާއްޖޭގެ އެތައް ރަށެއް އަސާސީ ހިދުމަތުން އޮތީ މަހުރޫމް ވެފައެވެ. ރައީސް ސޯލިހުގެ އެންމެ މުހިންމު ވައުދަކަށްވީ ރަށްރަށުގައި އަސާސީ ހިދުމަތް ގާއިމުކޮށް ދިނުމެވެ. 

ރައީސް ސޯލިހު ވައުދުވެ ވަޑައިގެން ގޮތަށް ވައުދުފުއްދެވުމަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ލަފާފުރޭނެ ގޮތްނެތިފައި އޮތް އެއްވެސް ރަށެއް މިއަދު ރާއްޖެއަކު ނެތެވެ. ފެނާ ނަރުދަމާގެ މަސައްކަތް ހުރިހާ ރަށެއްގައި އެހެރަދަނީ ނިމެމުންނެވެ. ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލު ހޯއްދަވާ ދެއްވައިފިއެވެ. މަދަރުސާތަކާއި މަލްޓިޕާޕަސް ހޯލުތަކާ ހެދި ރަށްރަށުގެ ތައުލީމު އެހެން ހަރުފަތަކަށް ބަދަލުކޮށް ލައިފިއެވެ. ދަނޑުތަކާއި ޕާކުތަކާ މަގުތައް އެހެރަދަނީ ނިމެމުން ނިމެމުންނެވެ. މުޅި ރާއްޖެ އަގުހެޔޮ އަވަސް ދަތުރު ފަތުރުގެ ނިޒާމަކުން ގުޅި ލާމެހެނީއެވެ. ރަށުގައިތިބެ އަދާކުރާނެ ވަޒީފާ އުފައްދާ ގޮތެއް ނެތިފާތިބި އެތައް ބަޔަކަށް ވަޒީފާ ލިއްބައިދީފިއެވެ. 

ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ކަންކޮޅުތަކުގައި ބާރަށް ދަނީ ކުރިއަށެވެ. މަސައްކަތް ކުރާ މީހުނަށް އޮބިނޯންނަ ވަރަށް މުޅި ރާއްޖޭގައި މަސައްކަތް އެބަ ހިނގައެވެ. މިހާރު ކިޔަން ޖެހެނީ ކުރަން ނުފަށާ ވާހަކައެއް، ނުކޮށް ހުރި ވާހަކައެއް ނޫނެވެ. ނުނިމޭ ވާހަކައެވެ. 

ދިވެހި ރައްޔިތުންނަށް މިއަދު އޮތްކަމަކީ ފަށައިގެން ކުރިއަށްދާ ކަންކަން ލަސްވެ ފަސްވެ ހުއްޓުމަށް ފުރުސަތުނުދީ އެ ކަންކަން ކުރިއަށް ގެން ދިޔުމަށް ފުރުސަތު ދިނުމެވެ. ވާދަވެރިންގެ ފިތުނަވެރި ވާހަކަ ތަކަށް ނުހެއްލި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދީގެން އުފާވެރި އަމާން ރާއްޖެ ހޯދުމެވެ.   

]]>
Fri, 04 Aug 2023 15:20:43 +0500 ހީރަސްނިއުސް
މިނިވަންކަމުގެ ވަރުގަދަ ބާރަކީ ބައިނަލްއަގުވާމީ ގުޅުން https://heerasnews.com/1675 https://heerasnews.com/1675 ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެއް ވާހަކަ ފުޅަކީ ރާއްޖޭގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދު އޮތް ރަހްމަތްތެރި، ބަދަހި ގުޅުން ކަމަށެވެ. ރާއްޖެއާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދުގައި އޮތް ރަހްމަތްތެރި ބަދަހި ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ދިރުން ލިބި، ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ އާއިލީ ތަނަވަސްކަން އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ސޯލިހު މިހެން ވިދާޅުވީ އަވައްޓެރި އިންޑިއާ އާ ހާއްސަ ގުޅުންތަކެއް ބާއްވައި ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބޭ ކަމަށް ވާދަވެރިން ތުހުމަތު ކުރަމުން ދަނިކޮށެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ ސިއްރު އެކިއެކި އެއްބަސްވުންތައް އިންޑިއާއެކު ހަދަމުން ގެންދާކަމަށް އިދިކޮޅުން ބުނެއެވެ. 

އެހެންނަމަވެސް ދިވެހިންގެ މި ލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށާއި ރާއްޖޭގެ ގަދަރާއި ކަރާމާތް ރައްކާތެރި ކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި، ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަގީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިނިވަންކަމުގެ ހަގީގީ އުފަލަކީ، އެމީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ހާސިލުވުމުގެ އުފާ ކަމަށެވެ. ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެ ބައިމީހުންގެ ޒާތީ މިނިވަންކަމަކީ، ދަރިންނަށް ކިޔަވައިދީގެން ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން ކަމަށެވެ. ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ އާއިލީ ތަނަވަސްކަން އިތުރުވެފައިވާ ކަން ރައީސް ފާހަގަ ކުރައްވައެވެ.

]]>
Wed, 26 Jul 2023 14:00:19 +0500 ހީރަސްނިއުސް
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުން https://heerasnews.com/1658 https://heerasnews.com/1658 ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލް ޖުމްހޫރިއްޔާއަކު ހޮވުމަށް މި އަހަރުގެ ސެޕެޓެންބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.

އީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އިންތިހާބުގައި ވާދަކުރައްވަން އެދޭ ކެންޑިޑޭޓުން، ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެކަމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

ފޯމްތައް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ކަމަށް ވެއެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށްް ކަމަށް އިއުލާނުގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއް ނުވަތަ މުވައްޒަފެއްގެ ކުރިމައްޗަށް ޙާޟިރުވެ މަޢުލޫމާތާއި ލިޔުންތަކާއި ތަކެތި ހުށަހަޅަން ވެސް ޖެހެއެވެ. އެ މީހަކަށް ޙާޟިރުވެވެން ނެތްނަމަ، އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން ނުވަތަ މެސެޖަކުން ޙާޟިރުވެވެން ނެތް ސަބަބު ބަޔާންކޮށްދީ، އެ މީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާބެހޭ މަޢުލޫމާތާއި ތަކެތި ހުށަހެޅޭނެ ކަމަށ.ވެސް އިއުލާން ބުނެއެވެ

އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަން ޖެހެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް ކަނޑައެޅިފައި ވަނީ ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 15 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ ޝަރުތުތައް

1- ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

2- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.

3- އުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކު ކަމުގައިވުން.

4- ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.

5- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.

6- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން.

7- އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާ މީހެއްގައި ހުންނާންޖެހޭ ޝަރުތުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ޝަރުތުތަކަށް އީސީން ބުނެފައި ވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން:-

  1. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް
  2. ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލް ގައްޔޫމް
  3. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
  4. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  5. ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު
  6. އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް
  7. ޑރ. އަބްދުއްލާ ސިޔާމް ހަސަން
  8. ޑރ. މުހައްމަދު އާތިފް
]]>
Sat, 22 Jul 2023 12:37:10 +0500 ހީރަސްނިއުސް
ޕާޓީ ޓިކެޓް އޮންނާނީ މެންބަރުން ބޭނުންވާ މީހާ އަތުގައި https://heerasnews.com/1642 https://heerasnews.com/1642 ވަކި އެކެއްގެ މައްޗަށް އެތައްހާސް މީހުން ހިމެނޭ ބޮޑު ޕާޓީއެއް ހުއްޓިއޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ޒިންމާވެ ވަޑައިގަންނަވަން ޖެހޭނެ ކަމެއްނޫނެވެ. ކޮންމެ ޕާޓީއެއްގެ ވެސް ކަންކަން އޮންނަނީ އެޕާޓީއެއްގެ ކަންކަން އިންތިޒާމުވެފައި އޮންނަ ގޮތެއްގެ މައްޗަށެވެ. އެކަން އެމްޑީޕީން ވަރަށް ސާފުކޮށް ދައްކާދީފިއެވެ. ސިޔާސީ ޕާޓީއެއްގެ އެންމެ ބޮދު ބާރަކީ އެ ޕާޓީގެ އާއްމު މެންބަރުންނެވެ. 

އާއްމު މެންބަރުންގެ ގިނަ ބަޔަކު ބޭނުންނުވާ ގޮތަކަށް ޕާޓީއަކަށް ހަރަކާތްތެރި އެއް ނުވެވޭނެއެވެ. ހީލަތްތެރިކަމާ ޝަހުސު އޮޅުވާލައިގެން އެއްވެސް ލީޑަރަކަށް ކަންކަން ކުރެވޭނީ ވަކި ވަރަކަށެވެ. ނަޝީދަކަސް ޔާމީނަކަސް ގާސިމަކަސް އިބޫއަކަސް އެކަމެއް ނުވާނެއެވެ. މައުމޫނަކަށްވެސް އެކަމެއް ނުވިއެވެ. 

އެމްޑީޕީގެ މެންބަރުގެ ގިނަ ބަޔަކަށް ނަޝީދުގެ ލީޑަރޝިޕް ކަމުނުދިޔައިމާ އޭގެ މަތީގައި ގައިމުވެ ނަޝީދަކަށް ނުހުރެވުނެވެ. މައުމޫނު މަތިން ޕީޕީއެމް މެންބަރުން ފޫހިވީމާ މައުމޫނަށް ވެސް ޖެހުނީ އެއްފަރާތްވާށެވެ. ނަޝީދުގެ މުށުތެރޭގައި އޮތް އެމްޑީޕީ ނަޝީދަށް ގެއްލި އެހުރީ ބާކީކޮށްލާފައެވެ. އެކަމުގެ ހަސަދައިގައި އެމްޑީޕީ ރޫޅާލަން ނަޝީދު އެހުރީ ފޫގަޅައިގެންނެވެ. 

ހަމައެހެން މިއަދު ޔާމީނު ބޭނުންވާ ގޮތަކަށް ޕީޕީއެމްގެ އުޑި އެނބުރިޔަސް މެންބަރުން ބޭނުންވީމާ އެކަންވެސް ނިމުމަކަށް އަންނާނެއެވެ. ރިޔާސީ އިންތިހާބަށް ނުނިކުމެވުނަސް ޔާމީނު ނޫން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭކަށް ޕީޕީއެމް އަދި ބޭނުމެއް ނުވެއެވެ. ޔާމީނު ނޫން މީހަކަށް ޓިކެޓް ދިނުމަށްވުރެ އިންތިހާބުގައި ބައިވެރި ނުވެ ތިބުންވެސް ޕީޕީއެމަށް މިވަގުތައް ރަނގަޅީތާއެވެ. 

އެނގި ޔަގީންވާ ކަމަކީ ޔާމީނުގެ އިސްތިއުނާފް ކޮންމެ ގޮތަކަށް ނިމުނުކަމަށް ވިޔަސް މޫސުން ފަސްވަމުންދާ ދިޔުމެވެ. އިސްތިއުނާފް ލަސްވުމުގެ ޒިންމާ ރައީސްގެ އިސްތަށިފުޅުގައި އެޅުވުމަކީ ޕީޕީއެމަށް ލިބޭ ތަސައްލީއަކަށް ވެދާނެއެވެ. ގައްސާނުމެން އެވާހަކަ އެހެން އެދައްކަނީ އާއްމު މެންބަރުންގެ ހިތްހަމަ ޖެއްސުމަށެވެ. ޔަމީނުގެ ކޮންމެ ނިންމުމެއް ޕީޕީއެމް މިވަގުތު ގަބޫލުކުރާނެއެވެ. 

ވަދަކުރަން ފުރުސަތި ޔާމީނަށް ނުލިބެންޏާ އެހެން މީހަކަށް އެފުރުސަތު ދިނުމަކީ ޔާމީނަށް މިހާރުން މިހާރަށް ކުރެވޭނެ ކަމެކެވެ. އެކަން އެހެން ނުކުރައްވާ އަދިވެސް ޔަމީނު އެހިފަހައްޓަނީ މެންބަރުން އެގޮތަށް ބޭނުންވާތީއެވެ. އެހެން އެކަން އެވަނީ ގައްސާނުމެނަށް އެވަރުގެ އިތުބާރެއް އަދި ނުހޯދޭތީއެވެ. އެހެން ނޫންނަމަ ޔާމީނަށް ބެލުމެއްނެތި ގައްސާނަށް ނަމަވެސް ޓިކެޓް ދިނީހެވެ.

]]>
Mon, 17 Jul 2023 15:17:48 +0500 ހީރަސްނިއުސް
ކުޑަޕާޓީއަކަށްވުރެ ނުފޫޒުގަދަ ޖަމާއަތެއް https://heerasnews.com/1618 https://heerasnews.com/1618 ސިޔާސީ ބައެއް ނޫނޭ ކިޔައިގެން އުޅޭ ބައެކެވެ. ކުޑަ ސިޔާސީ ޕާޓީ އަކަށްވުރެ ނުފޫޒު ގަދައެވެ. ފަނަރަ ވަރަކަށް ހާސް ވޯޓަށް ވުރެ ގިނަ ވޯޓު ކޮންޓްރޯލުކުރެއެވެ. ދީނި ޖަމާއަތެއްގެ ރާއްޖޭގައި ހަރަކާތްތެރިވާ ބައެކެވެ. އަފްގާނު ޒިލޭބީ ހެދިގެން އުޅޭ މި ޖަމާއަތުން ބާރުވެރިކަން ހޯދައިގެން ޕީޕީއެމްގައި މާލޭ މޭޔަރ މުއިއްޒުވެސް ސަކަރާތް ތަކެއް ޖަހައެވެ.

އެހެނަސް ޕީޕީއެމްގައި މީހަކީ ޔާމީނެވެ. ޕީޕީއެމްގައި ޔާމީނު ކިތަންމެ ގަދަޔަސް ލައްކައަކަށް ވުރެ ގިނަ މެންބަރުން ހިމެނޭ ބޮޑު ކޯލިޝަނަކާ ވާދަކޮށް ބަލިކުރުމުގެ ގާބިލުކަމެއް އިދިކޮޅުގައި ނުހުންނާނެއެވެ. އެހެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ޖުމްލަ މެންބަރުންގެ އަދަދު 40 ހާހަށް ނާރައެވެ. ޕީއެންސީގައި ތިބީ ތިންހާސް މީހުންނެވެ. އެހެންކަމަށް ވާނަމަ ޔާމީނުގެ ނިކުތަސް ބައިލައްކަ ވޯޓު ޔާމީނަކަށް ކަށަވަރެއް ނުކުރެވޭނެއެވެ. ވެރިކަމުގެ އާރާ ބަރުގައި ހުރެގެންވެސް ޔާމީނަށް 2018 ގައި ޖެހުނީ ހުތުރު ބައްޔަކުން ބަލިވާށެވެ. އެ ނަތީޖާ މިފަހަރު ރައީސް ސޯލިހު ތަޖުރިބާ ކުރައްވަން ޖެހިވަޑައި ގަތުމަކީ ވުމަށްވުރެ ދުރުކަމެކެވެ.

ރާއްޖޭގައި އުފެއްދި އެންމެ މެންބަރޝިޕް ބޮޑު ކޯލިޝަން އޮތީ ރައީސް ސޯލިހާ އެކުގައެވެ. އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ މިހާރުވެސް 77ހާސް މެންބަރުން ހިމެނޭ ބޮޑު ކޯލިޝަނެއްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައެވެ. ރިޔާސީ އިންތިހާބު ބޭއްވޭއިރު އެމްޑީޕީގައި 90000 މެންބަރުން ބޭއްތިއްބުމުގެ އަމާޒަށް އިންތިހާބުގެ ކުރިން ވާސިލުވެވޭތީއެވެ. އެމްޑީޕީގެ 90ހާސް މެންބަރުންނާއި އަދާލަތު ޕަޓީގެ 9500 މެންބަރުންނާއި އެމްޑީއޭގެ 10000 މެންބަރުންނާއެކު ކޯލިޝަންގެ ޖުމްލަ މެންބަރުންގެ އަދަދު އެއްލައްކަ ދިހާހަށް ބޮޑުވެގެން ދާނެއެވެ. 

މިހާރު އޮތް އިދިކޮޅަށް ރައީސް ސޯލިހު ބަލިކޮށްލެވެން އޮތްހާވެސް ގޮތަކީ އެއްކެންޑިޑޭޓަކު ނެރުމެވެ. އެހެން އެންމެން ވާދަނުކޮށް ފަހަތަށް ޖެހުމެވެ. އެގޮތުން އެއްކެންޑީޑޭޓަކު ނެރެގެން ވިނިންގ ޗާންސް އެންމެ ބޮޑީ ޔާމީނަށެވެ. އެވެސް ޔާމީނަށް ކޯޓުތަކުން ފުރޭނިގެން ނިކުމެވުނިއްޔާއެވެ. ކޯޓުތަކުން ޔާމީން ދޫވެ ވާދަ ކުރެވޭ ހާލަތެއްގައި ވާދަވެރި އެންމެން ޔާމީނަށް ދޫދީ ރައީސް ކަމަށް ޔާމީނު ގެންނަން އެއްބަސް ވުމަކީ މުސްތަހީލު ކަމެކެވެ. 

ހަމަގައިމުވެސް ގާސިމާ ކާނަލް ނާޒިމު އިބޫ ދޫކޮށް ޔާމީނާ ބައިއަތެއް ނުހިފާނެއެވެ. ނުވެސް ހިފޭނެއެވެ. މިވަގުތު ސިޔާސީ ބަސްމަގު ރައީސް ސޯލިހާ ދެކޮޅަށް އެ މީހުންގެ ހުއްޓަސް ޔާމީނަށް އިތުބާރުކޮށް ކެންޑިޑެންސީ ކޮމްޕްރަމައިޒެއް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. ރައީސް ސޯލިހުގެ އަރިހުގައި މި ދެންނެވި ހަގީގަތް ފެންނަން އެތިބީއެވެ. 

ރެޓުންނަކީ އެ ނޫން ބަޔަކުނެތް ބައެކެވެ. އެންމެ ފަހު ވަގުތު ފުންމާލާނީ ކޮންތާކަށް ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އެނގޭކަމަކީ ވެރިކަން ނޫން ކަމެއް ރެޓުން ބޭނުން ނުވާނެކަމެވެ. އެމްއާރުއެމް އޮތިީ އެ މަދު މީސްކޮޅު ދެފަޅިވެ އެއްބައި ރައީސް ސޯލިހަށް ވެދުމަށް އެރުވިގެންނެވެ. އަނެއްބައި އެ އުޅެނީ އެތޯހެވީ މިތޯ ހެވީގައެވެ. ބޮޑަށް ޖުމްހޫރީ ހަދާ އެއްޗަކަށް ބެލުމުގައެވެ. ޖުމްހޫރީ އުޅެނީ ސަމަންތަރު ހެޔޮ ޑީލަކަށް ފާރަލާށެވެ.

އުމަރު ނަސީރު ގެންގުޅޭ ޕްރިންސިޕަލް ބަލައިގަންނަ ބަޔަކު ތިއްބަސް އެއީއްޔަކީ މާކަ ގިނަ ބައެއް ނޫނެވެ. އިންޓަރލެކްޗުއަލް ކޮމިއުނިޓީއަށް ބަލަހައްޓައިގެން ޑޮކްޓަރ މުނައްވަރު ހުންނަވަނިކޮށް ހަރުތާކު ނުޖެހި އިންތިހާބު ނިމިދިއުން ގާތެވެ.

ބުނެވިދިޔަހާ މީހުންނަކީ ވެރިކަމަށް ތިމާއަށްވުރެ ގާބިލު އަނެކަކު ނެތްކަމަށް ދެކިގެން އުޅޭ ފިސާރި މަވެތި ބައެކެވެ. މީގެން އެކަކަށްވެސް ފަހަތަށް ޖެހި އަނެކަކަށް ވެރިކަން ހޯދާދޭން އުޅުމުގެ ހިތްވަރެއް ކެރުމެއް ނުހުންނާނެއެވެ. ޔާމީނަށް ވެރިކަން ހޯދާދީ އެރިސްކު ނަގާން އަމްދުން ނުކެރޭނެއެވެ.

ނަތީޖާއަކަށް ވަނީ ޔާމީނު ނިކުތަސް ނުނިކުތަސް އެންމެން ވާދަކުރުމެވެ. ގުޅިގެން އެކަކު ނެރުމެއް ނޫނެވެ. އެހެންކަމުން ފަސޭހަ ކަމާއެކު ރައީސް ސޯލިހު އެއްބުރުން އިންތިހާބު ކާމިޔާބު ކުރާތަން އެބަފެނެއެވެ. 

]]>
Mon, 10 Jul 2023 20:34:08 +0500 ހީރަސްނިއުސް
އިބޫ ނޫން ގޮތެއް ނެތް https://heerasnews.com/1539 https://heerasnews.com/1539

އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ ހަޔާތުގައި ދެވަނަ ދައުރުގެ "ސިއްކަ" ޖަހާދޭނެ ދުވަހެވެ. އެއްބުރުން ރައީސް ސޯލިހު ވެރިކަމަށް ހޮވާދީ ދެވަނަ ދައުރަށް އިންތިހާބު ކުރާ ދުވަހެވެ. އެދުވަހަކީ ރައީސް ސޯލިހުގެ ސިޔާސީ ހަޔާތުގައި ނިމުމުގެ ސިއްކަ ޖަހަން ފައިނަގައިގެން އުޅޭ ވާދަވެރިން ރޮއެ ހޭރެމުން ބޮނދާ ދުވަހެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. 

ވެރިކަން ކުރާހިތުން ރޭނިދި ނުދިގެން އުޅޭ އެންމެން ގަދަވެ ސަލާމަތުން އެތިބީ ހެޔޮ ހާލުގައެވެ. އެންމެން އެންމެނާ އުޅެނީ ރައީސް ސޯލިހު ނޫން ގޮތެއް ހޯދާށެވެ. އެ މީހަކާ އެ މީހަކު ވާދަކުރަމަށް އަތުކުރި އޮޅައިގެން ތިބެ މިކިޔަނީ ރައީސް ސޯލިހު ނޫން ގޮތެއް ހޯދާ ވާހަކައެވެ. ރައީސް ނޫން ގޮތަކީ ތިމަންނައޭ އެއިން ކޮންމެ މީހަކު އެބަ ބުނެއެވެ. 

ކާނަލް ނަޒިމް ބުނަނީ އެމީހަކީ ނާޒިމް ކަމަށެވެ. އުމަރު ނަސީރު ބުނަނީ އެމީހަކީ އުމަރު ކަމަށެވެ. ރައީސް ނަޝީދަށް އެމީހަކީ ނަޝީދެވެ. ގާސިމަށް އެމީހަކީ ގާސިމު ނޫން ދެވަނަ މީހެއް ނޫނެވެ. ދެން އޮތީ ޔާމީނެވެ. އެ ފަކީރު އެއުޅެނީ އިސްތިއުނާފުތަކުން އަރާ ނުގަނެވިގެންނެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެކަން ރައީސް ޔާމީނަށް އެނގެއެވެ. އެކަމަކު ޕީޕީއެމްގެ ޓިކެޓް ޔާމީނު ނޫން މީހަކަށް ލިބުނަކަ ނުދޭނެއެވެ. ޑރ. މުއިއްޒާއި އާދަން ޝަރީފާއި ގައްސާނާއި ޑރ. ވަހީދާއި މުހައްމަދު ސައީދުވެސް އެތިބެނީ އެޓިކެޓަކާ ހެދި ދަތް ވިކި ވިކިއެވެ.

އެކަމަކު ބުނަން ހެއްޔެވެ. މައުމޫނަށް ޑީއާރުޕީއާއި ޕީޕީއެމް ގެއްލި ނަޝީދަށް އެމްޑީޕީ ގެއްލުނުހެން ޔާމީނަށް ޕީޕީއެމް ގެއްލޭކަށް ޔާމީނު ބޭނުމެއް ނޫނެވެ. މިނިކާ ބާޒުތަކަށް ޕީޕީއެމް ދޫކޮށްލުމަށް ވުރެ ޖަލުގައި އޮތުންވެސް ޔާމީނަށް މާ ރަނގަޅެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރުދީގެން ކްލެމެންސީގެ ތެރެއިން މިނިވަންވުންވެސް ޕީޕީއެމް ބާޒަކަށް ދޫކޮށްލުމަށް ވުރެ ޔާމީނަށް ފައިދާ ބޮޑެވެ. ޕާޓީ ޓިކެޓް ދީގެން މީހަކު ވެރިކަމަށް ގެނެސްގެން ޖަލުން މިނިވަން ވިޔަސް ވެރިކަމެއް ޔާމީނަކަށް ނުލިބެއެވެ. ޓިކެޓްދޭ މިނިކާ ބާޒަކަށް ވެރިކަން ދީގެން މިނިވަންވެ އެމީހެއްގެ ބަނޑުވާ ހެދިގެން ހުރުމަށް ވުރެ ހުރިމީހާ ބަހައްޓައިގެން ކްލަމެންސީގެ ތެރެއިން މިނިވަންވެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުރެ 2028އަށް ތައްޔާރުވުން ޔާމީނަށް ބުއްދިވެރިއެވެ. 

ރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތް މިހެން އޮތުމުން 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި މީހަކު ވާދަ ކުރުމަށްވުރެ ކައިރީ ވާދަ ނުކުރުމާއެވެ. ޔާމީނުގެ ރުހުމާ ދެކޮޅަށް ޕީޕީއެމްގެ އެއްވެސް މީހަކު ޕީޕީއެމްގެ ނަމުގައި އަމިއްލަ ގޮތުން ވާދަކުރަން ނިކުތަސް ޔާމީނުގެ އެއްވެސް ލޯޔަލިސްޓަކު ޔާމީނު ނުބުނާ މީހަކަށް ވޯޓެއް ނުދޭނެއެވެ. އެހެން ކަމުން އެންމެ ކައިރި ގޮތަކީ ޕީޕީއެމްވެސް ފަޅައިގެން ދިޔުމެވެ. ގަނޑުކޮށް އޮތް ޕީޕީއެމްގެ ވޯޓުތައް ވެސް ބައިބަޔަށް ބެހިގެން ދާނީއެވެ.

ރައީސް ސޯލިހުގެ ސަޕޯޓަރުން ކުރެ އެންމެ ވޯޓެއްވެސް އެހެން އަތަކަށް ފިރާލުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ރައީސް ސޯލިހުގެ ވޯޓު ބަކެޓް އުނިނުވެ ދާނީ ގަނޑުވަމުން އިތުރުވަމުންނެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ހެޔޮ މަންފާ ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިފައެވެ. އެހެން އެކަން އޮއްވާ އެނޫން ގޮތެއް ހޯދަން އުޅޭ ވާދަވެރިންނަށް އެ އުޅޭގޮތަކުން ރައީސް ސޯލިހާ ވާދަކޮށް ބަލިކޮށެއް ނުލެވޭނެއެވެ. އެއްބުރުން ރައީސް ސޯލިހު ނުހޮވޭނެ ފޯމިއުލާއެއް އިދިކޮޅަކު ނެތެވެ. 

ވެރިކަމަށް ފެން ބޮވައިގެން އިބޫ ނޫން ގޮތެއް ހޯދަން މަށަށް މަށަށް ކިޔަކިޔާ ތިބީ މީހުންގެ އިދިކޮޅު ވޯޓުތައް ގަނޑު ވުމުގެ ބަދަލުގައި ރޫޅި ބައިބައި ވާނީއެވެ. އެ ބައިވުމުގެ ތެރެއިން އިބޫއަށްވެސް އިދިކޮޅުން ވޯޓުތަކެއް ފުރޮޅިގެން ދިޔުން ކައިރިއެވެ. ޔާމީނުގެ މަސްލަހަތު ހުރި ހުރިހާ ވޯޓެއް އެންމެ ފަހު ވަގުތު ފުރޮޅިގެން އިބޫއަށް އެވޯޓުތައް ލެއްގުން ގާތެވެ. ސިޔާސީ ގޮތުން ޔާމީނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީ ކަމަށް ވާތީއެވެ.  

]]>
Tue, 20 Jun 2023 16:03:00 +0500 ހީރަސްނިއުސް
އިލެކްޝަނުން އާއްމު ކުރީ އައު އުސޫލެއް ނޫން https://heerasnews.com/1513 https://heerasnews.com/1513

ރިޔާސީ އިންތިޚާބުގެ ގަވާއިދުގައި ކެންޑިޑޭޓުންނާއި އެ މީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު ކަނޑައަޅާފައިވެއެވެ. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ދީނީ އެކިއެކި މުނާސަބަތު ތަކުގައާއި ދީނީ ދަރުސްތަކުގައާއި ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވެއެވެ. ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ވެސް އެއްވެސް ވާހަކައެއް ދެއްކުން މަނަލެވެ.

ސްކޫލް، މަދަރުސާ، ކޮލެޖު، ޔުނިވަރސިޓީ ފަދަ ކިޔަވައިދޭ ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށް ގަވައިދު ބުނެއެވެ.

އިލެކްޝަންސްގެ ގަވައިދާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން މާނަ އޮޅޭގޮތަށް ވާހަކަތައް ދައްކުމާ ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދާދިއުމާ ގުޅިގެން އިލެކްޝަނުންވަނީ ހަގީގަތް ސާފުކޮށްދީފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރެފައިވާ ރިޔާސީ އިންތިޚާބުގެ ގަވާއިދު 2023 ގެ އެއްވެސް މާއްދާއެއްގައި ދީނީ އިލްމުވެރިން ދޭން ބޭނުންވާ ދީނީ މައުލޫމާތު ދިނުމަށް ހުރަސް އަޅާފައިނުވާނެ ކަމަށް އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވާ ގޮތުގައި އާއްމު ކުރި އުސޫލަކީ އައު އުސޫލެއް ނޫނެވެ. ކޮންމެ ރިޔާސީ އިންތިޚާބެއްގެ ގަވާއިދުގައި ވެސް  ދީނީ މައުލޫމާތު ދެވޭނެގޮތުގެ ވާހަކަ ވަކި މާއްދާއެއްގެ ގޮތުގައި އަބަދުވެސް ހިމަނާފައިވާ އެގޮތަށް އޮވެއެވެ. އެ ގަވައިދުގައި ދީނީ އިލްމު ފެތުރުމަށާއި، ދީނީ ނަސޭހަތާއި، ދަރުސް ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންގެ ރައީސް ވިދާޅުވެއެވެ. އާއްމުންނަށް ދޭ ދީނީ ނަސޭހަތްތަކާއި، މައުލޫމާތަކީ ސިޔާސީ ގޮތުން ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކޮށް ކެމްޕެއިން ކުރެވޭ ގޮތަށް ނުވަތަ ވަކި ބަޔަކަށް ގެއްލުން ލިބޭ ގޮތަށް ދެވޭ މައުލޫމާތަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ވެއެވެ. ފުއާދު ވިދާޅުވަނީ އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ދީނީ އިލްމުވެރިން އެ ބޭފުޅުންގެ ސިޔާސީ މަސައްކަތުގައި އަދި ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ވާހަކަ ދެއްކުމަކަށް އީސީން މަނާ ނުކުރާނެއެވެ. ރިޔާސީ އިންތިޚާބުގައި ވިޔަސް އަދި އެނޫން އިންތިޚާބެއްގައި ވިޔަސް ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް އެންޓި ކެމްޕޭން ކުރުމަކީ ގާނޫނުން މަނާ ކަމެކެވެ. އެ ފުރުސަތު އެއްވެސް ފަރާތަކަށް އިލެކްޝަން ކޮމިޝަނުން ނުދޭނެއެވެ.

]]>
Mon, 12 Jun 2023 14:05:51 +0500 ހީރަސްނިއުސް
މަނާ މަންތިރިވެ ބޮނދު ބުޑަށް ސައިކިޔާ އަރާނެ ގެ ހުސްވެއްޖެ https://heerasnews.com/1499 https://heerasnews.com/1499 ނަސީދު މިހާރު ދެން އެންމެ ރަނގަޅު ވާނީ އަނެއްކާ ވެސް އިސްތިއުފާ ދެއްވިއްޔާއެވެ. އެ މަނިކުފާނު އިސްތިއުފާ ދެއްވާފައި މެންބަރުކަން ވެސް ދޫކުރައްވާ ވަޑައިގެންނެވިއްޔާއެވެ. ސިޔާސީ ގޮތުން ނަޝީދަށް ދެން ކުރިމަގެއްނެތެވެ.  ކުރިން ރައްޔިތުން ދިން ލޯތްބާއި އިޙްތިރާމެއް ނެތެވެ. އެ އިހުތިރާމާ ލޯބި އަމިއްލަފުޅަށް ވެއްޔާ މޮޑެލައްވައިފިއެވެ.

ގިނަ ރައްޔިތުންގެ ލޯތްބާއި އިހްތިރާމު އޮތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށެވެ. ހަގީގަތާ ދެކޮޅަށް މަސައްކަތް ކުރައްވައިގެން ނަޝީދަށް ނަތީޖާއެއް ހާސިލު ނުކުރެއްވޭނެއެވެ.

ރައްޔިތުން އިސްކުރާ މަގާމެއްގެ ދައުރު ފުރިހަމަ ކުރެއްވޭ ބޭފުޅަކަށް ނަޝީދު ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މާލޭ ރައްޔިތުން ކުރިންވެސް އޭނާ ހޮވިއެވެ. އުޅުއްވެވުނު ގޮތަކުން ދައުރު ފުރިހަމަ ނުކުރައްވާ ޖެހިވަޑައިގަތީ މަގާމާ ވަކިވެ ވަޑައި ގަންނަވާށެެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސްކަން ލިބި ވަޑައިގަތުމުން ވެސް ޖެހިވަޑައިގަތީ މަގާމު ދޫކުރައްވާށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ލިބި ވަޑައިގަތުމުން ޖެހިވަޑައިގަންނަވަނީ ހަމަ އެދަތުރެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ނިންމުމާއެކު އެ ކަމާއި ގުޅޭ ގަރާރުގައި 54 މެންބަރުން ސޮއި ކުރައްވައި އިތުބާރު ނެތްކަމަށް އެއޮތީ ހުށަހަޅާފައެވެ. ނަޝީދުގެ އިތުބާރު ނެތްކަމަށް  ފާސް ކުރުމަށް ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުން ނަސީދު ވަކިކުރަން ފާސްވާނެކަން ޔަގީނެވެ.

މަޖިލީހުގެ ރައީސް ކަމުގައި އިންނަވާއިރު މައްޗަށްގޮޅީ މެދު ދާއިރާގެ ރައްޔިތުން ތަމްސީލު ނުކުރެއްވޭކަން ނަޝީދަށް ވިސްނި ވަޑައިގަތީ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ހިސާބަށް ދިޔުމުންނެވެ. މައްޗަންގޮޅީ މެދު ދާއިރާގެ ރައްޔިތުން ހަނި އަގުލަބިއްޔަތަކުން ދާއިރާ ގޮނޑީގައި ވެޑުވީމާ ރައްޔިތުން މަތިން ހަނދުމަ ނައްތަވާ ލައްވައިގެން ހުންނެވުމަށް ފަހު ކުއްލިޔަކަށް ދާއިރާ ރައްޔިތުން ހަވާލުކުރެއްވި މަސްއުޅިއްޔަތު އަދާ ނުކުރެއްވުނުކަން އިހުސާސްވެ ވަޑައިގެންފިއެވެ. ދައުރު ހަމަވާން އަހަރަކަށް ވުރެ ކުރުވުމުން ދެން ދާއިރާގެ ރައްޔިތުން ތަމްސީލުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ވާހަކަ ދެއްކެވީމާ ދާއިރާ ރައްޔިތުން ކުރަނި މަލަމާތެވެ. 

ވެރިކަން ލިބި ވަޑައިގަތުމުން ހެއްދެވިހެން އިސްތިއުފާދީފަ ގެއައް ކަނޑާލާށޭ ބުނާކަށް ނެތީމެވެ. މީހުންލައްވާ ނުބައިހައްދަމުން އަންދާގާނޫނު ކުޅެމުން ދާއިރު ރައްޔިތުން ތިބީހޭލާ ބަލާށެވެ. ރައްޔިތުންގެ އިހުސާސެއް ޑިމޮކްރަސީއެއް ވެސް އެނގިވަޑައެއް ނުގަތެވެ. ވެރިކަމެއްވެސް ނުކުރެއްވުނެވެ.

އާދައިގެ މަތިން ދައުރު ހަމަ ނުކުރައްވާ މައްޗަންގޮޅީ މެދުދާއިރާގެ ގޮނޑި ވެސް ދޫކޮށް ލެއްވިއްޔާ މާރީތިވާނެއެވެ. ނަސީދު ކުރިއަށް ކުޅުއްވާ ހަކުޅި އާއި ގޭ މީހުންކުޅޭ ކުޅިއާއި ، މީހުންލައްވާ މިހާރު ތިޔަ ކުޅުއްވާކުޅި ރައްޔިތުންނަށް ސާފެވެ. ރޭންބޯ ދިދަ ނަންގަވައިގެން އަނެއް ގޮތް ހޯއްދަވައިގެން އަނެއް ރާއްޖެއަށް ޗަގޯސް ހައްދަވަން ވަޑައިގަންނަވާށެވެ.

މަނިކުފާނަށް ރައްޔިތުންޖެ މަޖިލީސްގެ އިތުބާރެއް ނެތެވެ. ރައްޔިތުންގެ އިތުބާރެއްވެސް ތެވެ. ކުޅުއްވިހާ ކުޅިއެއް ތިޔަ ކުޅުއްވީ ފަހަތަށެވެ. ގޯލު ޖެއްސެވީ ބައިކޮޅަށެވެ. ތިޔަ ހުންނެވީ މަނާ މަންތިރިވެ ބޮނދު ބުޑަށް ސައިކިޔާ އަރާނެ ގެ ހުސްވެފައެވެ. ރަނގަޅުވާނީ މިނައްވަރު ވިދާޅުވާހެން ގެއަށް ކަނޑާލެއްވިއްޔާއެވެ.

]]>
Wed, 07 Jun 2023 13:02:39 +0500 ޒުރޫ
ޤާނޫނުއަސާސީ ސިފަކުރަނީ އެބޭފުޅަކަށް ފައިދާހުރި ގޮތަކަށް https://heerasnews.com/1495 https://heerasnews.com/1495 ހަނދާނުގެ ފަތް ފުށްތައް ކޮޅުކޮޅަށް އުކާލުމުން ފެންނަން ހުރި ހަގީގަތް ވަރަށް ސާފެވެ. ދުރު މާޒީއެއް ނޫނެވެ. 27 ޖެނުއަރީ 2012 ވީ ހުކުރު ދުވަހެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއޔާ ކަމުގައި އޭރު ހުންނެވީ ގ. ކެނެރީގޭ މުހައްމަދު ނަޝީދެވެ. އާދައިގެމަތިން ކޮންމެ ހުކުރު ދުވަހެއް ހެނދުނު ރައީސް ނަޝީދު ރޭޑިއޯ ހިތާބެއް ދެއްވައެވެ. ރައީސް ނަޝީދު ދެއްވި އެންމެ ފަހުގެ ރޭޑިއޯ ހިތާބު ދެއްވީ 2 ފެބްރުއަރީ 2012 ވީހުކުރު ދުވަހުއެވެ.

ޖެނުއަރީ 27، 2012 ގައި ދެއްވި ރޭޑިއޯ ހިތާބަކީ އެ މަނިކުފާނުގެ 132 ވަނަ ރޭޑިއޯ ހިތާބެވެ. ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ދެއްވި އެންމެ ފަހު ރޭޑީއޯ ހިތާބުގެ ކުރިން ދެއްވި ހިޔާބެވެ. ނަޝީދުގެ ވެރިކަމުގެ ނިމުން ފެށިގެން ހޫނުވަމުން އައި ދުވަސްވަރު ދެއްވި 132 ވަނަ ރޭޑީއޯ ހިތާބު ވަރަށް ފުން މެސެޖެއް ދިވެހި ރައްޔިތުންނަށް ދެއްވިއެވެ. 

ރާއްޖޭގެ ގާނޫނު އަސާސީ ސިފަކުރެއްވުމުގައި އެމަނިކުފާނުގެ ވިސްނުންފުޅު އޮތްގޮތް ވަރަށް ސަރީހަކޮށް ރައްޔިތުންނަށް ހާމަކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރީއްޔާ ގެ ހައިސިއްޔަތާ މަގާމް ރައްޔިތުންނަށް އޮޅުން ފިލުއްވަ ދެއްވިއެވެ. އެ މަނިކުފާނުގެ އިބަރާތުން އެ ވާހަކަފުޅު މިއަދު ވެސް ރައްޔިތުންނަށް އާވެއާވެ އެބަހުއްޓެވެ. 

ރައީސް ނަޝީދު އެ ދުވަހު ހިތާބުގައި ވިދާޅުވި މުހިންމު އެއް ވާހަކަފުޅުގެ ހަނދާން އައުކޮށްލަމެވެ. އެ މަނިކުފާނު ވިދާޅުވީ " އަޅުގަނޑުމެން ރާއްޖޭގައި އެކުލަވައިލެވިފައިވާ ޤާނޫނުއަސާސީގެ ސިފަ ބަޔާން ކުރަމުން އަޅުގަނޑުމެން މިހާރު މިގެންދަނީ، އެއިރެއްގައި އެބޭފުޅަކަށް ފައިދާހުރި ގޮތަކަށް. އެހެން ނަމަވެސް، މި ޤާނޫނުއަސާސީއަކީ ރިޔާސީ ނިޒާމެއްކަން، ހުރިހާ ބޭފުޅުންވެސް ހަނދުމައިގައި ބަހައްޓަވަންޖެހޭނެ" އެވެ. އާދޭހެވެ. " ތިންބާރު ވަކިވެފައި މިވަނީ. ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި އަދި ޝަރީޢަތް ހިންގުމުގެ ބާރު" އެވެ. 

ދެން ވިދާޅުވީ ކީކޭ ކަމަށްތޯއެވެ. " މިހުރިހާ ބާރެއްގެ މައްޗަށް މިވަނީ ދައުލަތުގެ އެންމެމަތީ ވެރިއެއް، ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ޢައްޔަންކޮށްފައި، ކަނޑައަޅާފައި" ހުންނަވާކަމަށް އަޑުފުޅަށް ބާރުލައްވާ ވިދާޅުވިއެވެ. އިތުރަށް ތަފްސީލްކޮށް ދެއްވަމުން ވިދާޅުވީ " ޤާނޫނުއަސާސީން އެ ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ އެންމެމަތީ ވެރިޔާ ކުރަންޖެހޭ ކަންކަން، ވަރަށް ޞަރީޙަ ޢިބާރާތުން، ވަރަށް ސާފުކޮށް އެނގެން އެބައޮތް" ކަމަށެވެ. 

ވަރަށް ބޮޑު ތެދުފުޅެކެވެ. " ޤާނޫނުއަސާސީއެއް ތަންފީޛެއް ނުކުރެވޭނެ، ޤާނޫނުއަސާސީއެއް އަޅުގަނޑުމެންނަކަށް ހިންގަމަކުން ނުދެވޭނެ، އަޅުގަނޑު މިދެންނެވި ބާރުތަކުގެ ތެރެއިން އެއްވެސް ބާރެއް، އެ ކަނޑައަޅާފައި އޮތް މަސައްކަތް ނުކުރާ ކަމަށްވަނީވިއްޔާ" ރައީސް ނަޝީދު ވިދާޅުވިއެވެ. އޭރު އެމަނިކުފާނު ވިދާޅުވި ގޮތުގައި" ޚާއްޞަކޮށް، ދައުލަތުގެ އެންމެމަތީ ވެރިޔާއަށް ލާޒިމްކޮށްފައިވާ ކަންކަން، ޤާނޫނުއަސާސީ ތަންފީޛު ކުރުމުގައި ކޮށްގެން މެނުވީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުން އުންމީދު މިކުރި ޤާނޫނުއަސާސީގެ ފޮނި މޭވާ އަޅުގަނޑުމެންނަކަށެއް ނުލިބޭނެ"އެވެ. 

ރައީސް ކަމުގައި ހުންނެވިއިރު ރައީސުލްޖުމްހޫރިއްޔާ ވަރެއް ނެތެވެ. ހުރިހާ ބާރުތަކަށް ވުރެ ރައީސުލްޖުމްހޫރިއްޔާ މައްޗެވެ. ހުރިހާ ބާރެއްގެ މައްޗަށް ދައުލަތުގެ އެންމެމަތީ ވެރިއެއް ގާނޫނު އަސާސީގައި އޮންނަކަމަށް ވެއެވެ. ވެރިކަން ގެއްލި ވަޑައިގަތުމުގެ ފަހުން ރައީސުލްޖުމްހުރިއްޔާ އަކީ އެއްވެސް މީހަކަށް ނުވެއެވެ. 

މަޖިލީހުގެ ރައީސްކަމުގައި ރައީސް ނަޝީދު ހުންނެވުމުން ހުރިހާވެސް އެއްޗަކީ މަޖިލީހެވެ. ރައީސުލްޖުމްހުރިއްޔާ މަގަމުގެ ހައިސިއްޔަތުން ސިޓީފުޅެއް ތަނަކަށް ފޮނުއްވަން ޖެހެނީވެސް މަޖިލީހުގެ ރައީސްގެ އިޒްނަ ހޯއްދަވައިގެންނެވެ. ވެރިކަމުގެ ނިޒާމުވެސް އޮންނާން ޖެހެނީ ރައީސް ނަޝިދަށް ބާރު އޮންނަގޮތައް އިންތިޒާމް ވެފައެވެ. 

]]>
Tue, 06 Jun 2023 12:42:03 +0500 ހީރަސްނިއުސް
ކަނޑުގައި ރޮގުދަމަށް ތިއްބާ ސޯލިހު ފަހަތަށް މުޅިގައުމު https://heerasnews.com/1453 https://heerasnews.com/1453 ކޮންމެ ރެއަކު އިރާދަމުން ބައެއްގައި ބަޔަކު ހުކުން ހަރާން ކުރަނީއެވެ. އަނެއް ބަޔަކު ފިކުރެއްގައި މަސްތުގައި ވާނުވާގައެވެ. އަނެއް ބަޔަކު ކަނޑުމެދުގައި ކަނދުފަތި އަޅައިގެން ރަނބަ ގިރަނީއެވެ. އަނެއް ބަޔަކު މައިދާން ލޮލަށް ނުފެނި އައްޑަނަ ނަގައިގެން ދިފާއު ވަނީއެވެ. އެ އެންމެން ގަނޑު މަސްހުނި ގަނޑެއްހެން އެކުވެ ފޯކަސްގެއްލި ކަނޑުގައި ރޮގުދަމަށް ތިއްބާ ރައީސް ސޯލިހު ފަހަތަށް މުޅިގައުމު އެކުގައި އަރާ ނިމެނީއެވެ. ފާފު އަތޮޅުން ދައްކަނީ އެމަންޒަރެވެ. އެ ހަގީގަތެވެ.

މަގޫދޫ ތަރައްޤީވަމުން ދަނީ މަގޫދޫ ރައްޔިތުންގެ އެއްބައިވަންތަކަމުންނެވެ. ހިނގަމުންދާ ކަންކަމުގެ އިތުރުން މަގޫދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި މަގޫދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނެއެވެ. މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިޒޯޓު ހެދުމުގެ މަސްވަރާތައް ވަނީ ފެށިފައެވެ. ސަރުކާރުން އެ ދައިރާގައި ހިންގަމުންދާ އެންމެ ބޮޑު ޕްރޮޖެކްޓަކީ މަގޫދޫގައި އަޅާ އެއަރޕޯޓެވެ.

ރައީސް ސޯލިހު ވިދާޅުވީ ތެދުފުޅެކެވެ. މަގޫދޫ އެއަރޕޯޓު ވެގެންދާނީ ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓަށެވެ. އެއަރޕޯޓްގެ ޓަރމިނަލާއިއެކު ވީއައިޕީ ލައުންޖެއްވެސް ހެދިގެންދާނެއެވެ. މަގޫދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓްތައް ޖެއްސޭނެ އެއަރޕޯޓެކެވެ. އެއަރޕޯޓްގެ ރަންވޭ 1800 މީޓަރުގެ ދިގުމިން ހުންނާނެއެވެ. ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ހަދައި ފްލައިޓްތަކަށް ޚިދުމަތް ދިނުމަށް ފިއުލް ފަރމެއް ގާއިމުކުރާނެއެވެ. އެއަރލައިންތަކުގެ ކްރޫންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއްވެސް އަޅާނެއެވެ.

މިދައްކަނީ ސަމާސާ ވާހަކައެއް ނޫނެވެ. ބާރަށް ހިނގަމުންދާ މަސައްކަތްތަކެއްގެ ވާހަކައެވެ. ލޮލުންދެކެ އަތުން ހިފާން އޮތްކަންކަމުގެ ވާހަކައެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ހެޔޮ ވާހަކައެވެ. މަގޫދޫ އެއަރޕޯޓް އެގޮތުގައި ނިންމާ ސަރަހައްދަށް ތަރައްގީއާއި ކުރިއެރުން ގެނައުމަށް ދާއިރާގެ ރައްޔިތުން ބޭނުމީ ކޮންގޮތެއްކަން ވަރަށް ސާފެވެ. އެހެން ވެރިކަމެއް އައިސް މަސައްކަތް ހުއްޓި ނުވަތަ ބަދަލުތައް ގެނެސް ތަރައްގީގެ ލާބަ ލިބުން ލަސްވާކަށް ދާއިރާގެ ރައްޔިތުން ބޭނުމެއް ނުވެއެވެ. 

ބިލަތްދޫ ދާއިރާގެ ރައްޔިތުންވެސް އެތިބީ ރައީސް ސޯލިހު ގެނެސް ދެއްވާ ހަމަހަމަ ތަރައްގީގެ ފުރުސަތުތައް ލިބިގަތުމަށް ރައީސް ސޯލިހާ އަތުގުޅާލައި ގެންނެވެ. ދެވަނަ ދައުރު ރައީސް ސޯލިހު ދެއްވައިގެން ރައްޔިތުން އެދޭ ތަރައްގީ ގެނެސް ފުރިހަމަ ކުރުމަށް އެއްރޮއްޖަށް ފޫގަޅައިގެނެވެ. 

]]>
Sun, 28 May 2023 14:56:39 +0500 ހީރަސްނިއުސް
ޕީޕީއެމްގެ މޭގަނޑު އަނގަޔަށް https://heerasnews.com/1448 https://heerasnews.com/1448 މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖޭގައި ހިނގަން ފެށި ފަހުން ވަކިވަކި ޕާޓީތަކަށް ތާއީދު ބޮޑު ރަށްރަށާއި ދާއިރާތައް ފާހަގަ ކުރެވެއެވެ. މައިގަނޑު ގޮތެއްގައި ރަށްރަށުގެ ކޮޏްޓްރޯލު އޮންނަނީ އޭރަކު އޮންނަ މައި ދެ ޕާއިޓީގައެވެ. ޕީޕީއެމް އުފެދުމުގެ ކުރިން ޑީއާރުޕީ އާއި އެމްޑީޕީއެވެ. ޕީޕީއެމް އުފެދުމަށް ފަހު ޕީޕީއެމްއާއި އެމްޑީޕީއެވެ. އެމްޑީޕީއަށް ތާއީދު ކުރާ އެމްޑީޕީގެ ކޮންޓްރޯލްކުރާ ރަށްރަށާއި ދާއިރާތައް ހުންނަ ފަދައިން ޕީޕީއެމަށް ހާއްސަ ރަށްރަށާއި ދާއިރާތައް ވެސް ހުރެއެވެ.

ޕާޓީއެއްގެ ތާއީދު ރަށެއްގައި އޮންނަވަރު އެނގެނީ އިންތިހާބުތަކުގެ ނަތީޖާއިންނާއި އެ ރަށެއްގައި ޕާޓީގެ މެންބަރުން އުޅޭ ނިސްބަތުންނާއި އެ ރަށެއްގައި ޕާޓީގެ ހަރަކާތްތައް ހިންގުމަށް އޮންނަ ފަހި ކަމުގެ މައްޗަށެވެ. ވަކިވަކި ރަށްރަށުގެ ނަން ނުކިޔަސް ގިނަ މީހުނަށް ކޮން ރަށަކީ ކޮން ޕާޓީއެއްގެ ރަށެއްކަން އެނގޭހާ އެކަން ސާފެވެ. 

ފެށުނީއްސުރެ ފާފު އަތޮޅުގެ ގިނަ ރަށްރަށަކީ އެމްޑީޕީއާއި ތަފާތުފިކުރަށް ތާއީދުކުރާ ގިނަ ބަޔަކު ތިބި ރަށްރަށެވެ. މިއަދާ ޖެހެންދެންވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފޫޅުން ގަބޫލު ކުރައްވާ ގޮތުގައި ފާފު އަތޮޅަކީ އެ ބޭފުޅުންގެ ބަދަލެއް ނުވާ ސަޕޯޓް ބޭހެކެވެ. ހާއްސަކޮށް ފ. ނިލަންދޫއަކީ ޕީޕީއެމްގެ ހަބެއްކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ. މާލެ އަތޮޅު ގުރައިދޫ ދާއިރާއާއި މެދު ހީފުޅު ކުރެއްވި ކުރެއްވުމާއި އެއްގޮތަށެވެ.

އެހެނަސް މުޅި މަންޒަރު މިއަންނަނީ ބަދަލުވަމުންނެވެ. މި އަދަކީ ޕީޕީއެމް ކަރުނައަޅާ ރޯނެ ދުވަހެކެވެ. ޕީޕީއެމަށް ނިލަންދޫ ދާއިރާގައި އޮތް ތާއީދު ބޮޑުތަނުން ފަނޑުވެގެން ހިނގައްޖެކަން އެނގުމުންނެވެ. އެހެން ވާނެތާއެވެ. ރައްޔިތުން ވެރިކަމަށް ބަޔަކު ގެންނަނީ އެ މީހުންގެ މުހުތަދުތައް ފުއްދާދޭނެ ކަމަށް ގަބޫލުކޮށް ގެންނެވެ. ވެރިކަން ލިބުމުން ވެރިކަމަށް ގެނައި ރައްޔިތުންގެ ކަންކަން ފަސްކޮށް ލަސްކުރާ ވެރިބަޔަކަށް ދެވަނަ ފުރުސަތެއް ރައްޔިތުންނުދެއެވެ. 

ޕީޕީއެމް މެންބަރުންނާއި ސަޕޯޓަރުން ރައީސް ޔާމީނު ވެރިކަމަށް ގެނައި މަގްސަދު ހާސިލުނުވެ ވެރިކަން ގެއްލުމުން ޔާމީނު ސަލާމަތްކުރަން މަގުމަތީގައި އުޅުމުގެ ބޭނުމެއް ނެތްކަން ރައްޔިތުންނަށް ވިސްނެން ފަށައިފިއެވެ. މުހިންމީ ވަކި މީހެއްގެ ލެގަސީ ދެމެހެއްޓުން ނޫން ކަމާއި އެ ރަށަކަށް ރަނގަޅާއި މޮޅުކަން ރަށްރަށުގެ ރައްޔިތުން ދެނެގެންފިއެވެ. 

ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)އާއި އެކު އެތައް ބަޔަކު އެމްޑީޕީއަށް މިއަދު ސޮއި ކުރީ ހެޔޮވެރިކަމެއްގެ ހެޔޮކަން ރައްޔިތުންނަށް ލިބޭތީ އެކަން ވަޒަން ކުރަމުންނެވެ. ރައީސް ސޯލިހުގެ ތަފާތު ކުރުންނެތް ހަމަހަމަ ވެރިކަމުގައި ވަކި ޕާޓީއަކަށް ތާއީދު ބޮޑުވަކި ރަށެއް ތަފާތު ނުކުރައްވާ ރައްޔިތުންނަށް ކުރައްވާ ހިދުމަތް ބަލައިގެން އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. 

ރައީސް ސޯލިހު މިއަދު ފ. އަތޮޅަށް ވަޑައިގަތުމުން އެ މަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއިން ޕީޕީއެމްގެ މޭގަނޑު އަގަޔަށް އަންނާނެއެވެ. އަސަރުކުރާނެއެވެ. ސިޔާސީގޮތުން ރައްޔިތުން ވާވައްދަން ކުޅޭ ޗަރުކޭސް ބެލުން ރައްޔިތުން ހުއްޓާލައިފިކަން ވަޒަން ކުރެވޭނެއެވެ. ދޮޅަހަކަށް މީހުން އެއްކޮށްގެން މަލޭގެ މަގުމަތީގައި ކޮންމެ ރެއަކު ގަޑިއެއްހާއިރު ޔާމީނު ދޫކުރަން ގޮވަގޮވާ ތިއްބާ ރަށަކަށް ފަހު ރަށެއްގެ ތާއީދާއި ލޯބި ރައީސް ސޯލިހު ހޯއްދަވަމުން އެވަޑައިގަންނަވަނީ ފަތުއަޑުު ކިޔާފައެވެ. 

]]>
Sat, 27 May 2023 13:53:16 +0500 ހީރަސްނިއުސް
ކޮންމެ ނަމެއްގައި ނިކުތަސް އެ ފިކުރެއް ނުދިރޭނެ! https://heerasnews.com/1426 https://heerasnews.com/1426 ކުރުމަހަށް ކުރުމަސް ކިޔަނީ އެމަހުގެ ކުރުކަމަކުން ނޫނެވެ. ދުވާރަށް ހިނގާރު ނުކިޔަނީ ދުވަން އޮތްތަނަކަށް ވެގެނެއް ނޫނެވެ. ނަންރީތި މަލަށް ނަންރީތިމާ ކިޔަނީ ސިފަވާ މަންޒަރުން ކިޔަންޖެހޭ ނަން ހުތުރު ކަމުންނެވެ. ވަކިވަރަކަށް ވުރެ ބޮޑަށް އޮޓޮކްރޭޓް ވީ މާ ޑިމޮކްރޭޓް ވެސް ކިޔާނެއެވެ. 

ރާއްޖޭގައި އަލަށް އުފެދޭ ދި ޑިމޮކްރޭޓްސްގެ ޑިމޮކްރަސީ ދިވެހި ރައްޔިތުން ދަސްކޮށްފިއެވެ. މެޖޯރިޓިއަށް ބޯނުލެނބުމަކީ އެ ޑިމޮކްރޭޓުންގެ ސިފައެވެ. ރިޔާސީ އިންތިހާބުގައި މަތި މައްޗަށް ފޭލިވިޔަސް ރިޔާސީ ޓިކެޓް ވަކި މީހަކަށް ނޫނީ ލިބިގެން ނުވާނެ ކަމަށް ދުށުމަކީ އެ ޑިމޮކްރޭޓުންގެ ހަމައެވެ. ގިނަ ބައެއްގެ ނިންމުމަށް ވުރެ ވަކި މީހެއްގެ ނިންމުމުގެ ބާރު ގަދަވުމަކީ އެ ޑިމޮކްރޭޓުން ގެ ގޮތެވެ. ގާނޫނާ ހަމަޔާ އުސޫލަކީ ވަކި މީހެއްގެ އެވަގުތެއްގެ ބަސް ކަމުގައި ވުމަކީ އެ ޑިމޮކްރޭޓުން ގެ ގާނޫނެވެ. މޮޅެތި ޝިއާރުތަކުގެ ފަހަތުގައި ތިބެގެން ބާރުތައް އަތަށް ކަހާލުމަށް ރައްޔިތުން ވާ ވެއްދުމަކީ އެ ޑިމޮކްރޭޓުން ކުރިޔަށްދާ މަގެވެ. އެހެން މީހުންވާ ގުރުބާނީގެ ކްރެޑިޓް ވަކި މީހަކަށް ދީގެން އެމީހަކީ އެންމެ ބުއްދިވެރި އެންމެ ހިކުމަތްތެރި އެންމެ މުގައްދަސް މީހާކަމަށް ދެއްކުމަކީ އެ ޑިމޮކްރޭޓުންގެ މަސައްކަތެވެ. ދުނިޔޭގައި މިބާވަތުގެ މީހުންނަށް ކިޔާއުޅެނީ ޑިމޮކްރޭޓުންނެކޭ ނޫނެވެ. ޑިކްޓޭޓަރުންނެވެ. 

ރޮބަރޓް މުގާބޭއަކީ ވެސް ވަރަށް ޑިމޮކްރެޓިކް ބޭފުޅެކެވެ. ރައްޔިތުން ނިކަން ލޯބިން ވެރިކަން ހަވާލުކުރި ވެރިއެކެވެ. ޑިމޮކްރަސީގެ އޮފުގަދަ ކަމުން އޭރަކު އެރައްޔިތުންނަށް މޮގާބޭގެ ހަގީގީ ސިފައެއް ނޭނގެއެވެ. ޑިމޮކްރަސީގެ ނިވަލުގައި ވެރިކަމުގެ މައްޗަށް ގަދަވެ ގަނެ ރައްޔިތުން މުށުތެރެއަށް ލައްވަން އުޅުއްވަނީ ކަމެއް ރައްޔިތުންނަކަށް ނޭގެއެވެ. އާރާ ބާރު ލިބުން ދުނިޔެ ދުށް އެންމެ ބޮޑު އެއް ޑިކްޓޭރަށް މުގާބޭ ވީ ޑިމޮކްރަސީގެ ނިވަލުން ހޯދި ލޯތްބާއި ބާރުންނެވެ. ރައްޔިތުންނަށް ރޭކާލީއިރު ވަގުތު ފާއިތުވެއްޖެއެވެ. ވާނެ ހައެއްޗެއް ވެ ނިމިއްޖެއެވެ.

މަނޑޭލާ ހެދިގެން ކެނެރީގޭ ނަޝީދުވެސް މަސައްކަތް ކުރީ އެމަގުންނެވެ. އާއިލީ ފޯރުންތެރި ކަމުގެ ފައިދާ ނަގައިގެން ދިރިއުޅުމުގެ ޒިންމާއެއް ނުނަގާ އުޅުނީ ސިޔާސީ ގޮތުން ދެއްކުންތެރި ވާށެވެ. ވެދާނެ ގެއްލުމަކަށް ނުބަލައެވެ. އަމިއްލައަށް ގޯސްތައް ހަދަމުން މިހުންލައްވާ ބޮޑެތިގޯސްތައް ހެއްދީ އަމިއްލަ ނަފްސް މަސްހޫރު ކުރުމަށެވެ. ދަންނަކަމެއް ނުދަންނަކަމެއް ނެތެވެ. އެހުމުން ވައްކަންކޮށްގެން ހޯދާ ތާރީހީ މައުލޫމާތު ބޭނުން ކުރަނީ އެވަގުތަކަށް ޖައްސަން ބޭނުން ކުލައެއް ޖައްސާފައެވެ. އޭރަކު އޮތް ސަރުކާރެއް ނުބައި މީސްކުރުމަށް ގަސްދުގައި ބޮޑެތިގޯސްތައް ހަދާ ޖަލުގެ ތޭރިތަކުގެ ފަހަތަށް އެތައް ފަހަރަކު ދިޔައީ މަންޑޭލާ ހެދިގެންނެވެ. މަސްހޫރުވެ ފިސާރި މީހެއްކަމަށް ދެއްކެން ވެގެނެވެ. 

އެވަރު ފޮތްތެރިއެއް އެވަރު ނޫސްވެރިއެއް އެވަރު ލިޔުންތެރިއަކު ހުރިކަމަކަށް ނުވެއެވެ. މީހުންގެ ސަމާލުކަން ހޯދަން އެކި ފަހަރު އެކި ޗަރުކޭސް ކުޅުނީ ގައުމަށާއި މީހަކަށް ލިބިދާނެ ގެއްލުމަކަށް ނުބަލައެވެ. މައުމޫނުގެ ވެރިކަން ބަލިކަށިކޮށްލުމަށް އެކްޓިވިސްޓުން ވަދެ ޖަލުތައް ފުރާލުމަށް ބާރުއަޅާ ބަޔަކު އެމަޅީގައި ޖެއްސިއެވެ. ގައުމުތެރެ ހަލަބޮލިކޮށް ފާލުންނައްޓާ ލުމަށް ދިރިއުޅޭތާ ހުޅުޖެހުމަށް މީހުންނަށް ނަސޭހަތްތެރިވެ ހިތްވަރު ނުދޭ ކަމަކަށް ނުވާނެއެވެ. އެމްޑީޕީ އުފެދި އެމްޑީޕީގެ ވެރިކަމެއްގައި ވެސް ރާއްޖޭގެ ވެރިކަން ނުކުރާނެ ކަމަށް އޭރު ނަޝީދު ބުނަމުން ދިޔައީ އެއްތާކު ދެތާކު ނޫނެވެ. އާހިރުގައި އެމްޑީޕިއަށް ވެރިކަން ލިބުނު އިރު ވެރިކަމުގައި އިނީ ނަޝީދެވެ. ވެރިކަން ހަމަ ލިބުމާއެކު ހަށިޕޮޅާލާ ވެރިކަން ހޯދާދިން ކޯލިޝަން ރޫޅާ ފަޅާއަޅާލިއެވެ. އިންސާފަކީ ހަމަޔަކީ އެވަގުތަކު ނަޝީދަށް ފެނުނު ގޮތެކެވެ. 

2006ގައި މައުމޫނު ވެރިކަމުގައި ދެއްވަން ފެއްޓެވި ފޮތްލިސްޓާއި ޖީސީއީ ފީއަކީ ނަޝީދު ކޮށްދިން ކަމަކަށް ހެދިއެވެ. މައުމޫނު ފެއްޓެވި މަދަނަ އިންސުއަރެންސް ނިޒާމް އާސަންދައަށް ބަދަލުކޮށް ހިލޭ ބޭސްފަރުވާ ދިނުމުގެ ނަން ހޯދިއެވެ. މާލޭ ސިނަމާލެ ފްލެޓްތަކުން މައުމޫނު ފާއްޓަވާ ހުޅުމާލެ ހިއްކާ ފްލެޓައި ރޯހައުސް ބިނާކޮށް އެތައް ސަތޭކަބަޔަކަށް ދޫކުރައްވާފައި ވަނިކޮށް ކުއްލިޔަކަށް ފްލެޓް ދޮންބެ ފާޅުވިއެވެ. ދަތުރުފަތުރުން ރަށްތައް ގުޅާލުމުގެ ނަމުގައި ރައްޓެހި ކުދިންލައްވާ ކުންފުނިތަކެއް ހައްދާ ފެރީ ނިޒާމާއި ފެނާ ނަރުދަމާ އެޅުމުގެ ނަމުގާ ކަންކުރުމުގެ ގާބިލްކަމެއް ތަޖުރިބާއެއް ނެތް މީސް މީހުނަށް ފަޅުރަށް ތަކެއް ބަހާލިއެވެ. ދަތުރުފަތރުގެ ނިޒާމް ރަނގަޅަށް ނުހިންގުނުތާ ފެނާ ނަރުދަމާގެ މަސައްކަތް ނުކޮށް ފަޅުރަށްތައް ހޯދި ގިނަ ކުދީންނަށް ރިސޯޓު ނުހެދި ރައްތައް ވިއްކާ ދެމިގެންވާ ބުރައަކަށް ދައުލަތަށް އެކަން ހެދިއެވެ. ކަންމަތީ ފިހާރައިގެ ދަރަނި ކަޑާދޭން ނިކުމެ ޓެކުސް ތައާރަފްކޮށް ކަންމަތީ ފިހާރަތަކާއި ރައްޔިތުމީހާ އަތުން ޓެކޭނެ ނިޒާމެއް ތައާރަފް ކުރިއެވެ. ޕެންސަން ސްކީމްގެ ނަމުގައި ވަޒީފާ އަދާކުރާ އެންމެންގެ މުސާރައިން އެމީހުންގެ ނުރުހުމުގައި ފައިސާ ނެގުމަށް މަޖުބޫރު ކުރުވިއެވެ. 

ވެރިކަމުގައި ބޮޑެތިބޮޑެތި ގޯސްތައް ހައްދަވާ ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުންނަށް ދަތިކޮށް ފުރައްސާރަކޮށް ނުބައިނުލަފާކަން ދައްކާ މަގުމަތީ ކޯޓްހަދާ އެއްފަހަރާ ކެބިނެޓް އިސްތިއުފާ ދީ އެންމެ ފަހުން ދައުރުގެ މެދުތެރޭން ވެރިކަމުން އިސްތިއުފާ ދިނީއެވެ. ދޫކޮށްލި ވެރިކަމުގެ ޖަޒްބާތުގައި ރާއްޖޭގެ އެތަން މިތާ ހުޅުޖެހުނީ ހަމަ ހުރެފައެއް ނޫނެވެ. ކުއްލި ދަރުބާރަކުން ފެށި ހިނގާލުން ނިންމާލީ ބޮޑުހުޅުންނެވެ.

ނަޝީދަށް އަނބުރާ ވެރިކަން ހޯދާދޭން 7 އަހަރު އެތައް ހާސް ބަޔަކު މަގުމަތިވެ ގުރުބާން ވިއެވެ. އެތައް ބަޔަކު އުމުރަށް މަސައްކަތް ނުކުރެވޭ ވަރަށް އަނިޔާލިބި ބަނގުރޫޓްވެ ފުނޑުނެވެ. ބައެއް މީހުން މަރުވެ އާއިލާތައް ބިކަވިއެވެ. ނަޝީދު ހުރީ އިނގިރޭސި ވިލާތާއި ދުނިޔޭގެ އެތަން މިތާ މަޝްހޫރުކަން ހޯދަން އުދުހި އުދުހެއެވެ. ގަދަ ހިއްވަރާ ބުރަމަސައްކަތުން 2018ގައި އެމްޑީޕީއަށް ވެރިކަން ލިބެން ވީއިރު ނަޝީދު ހުރީ އަމިއްލައަށް ހެދި ގޯސްތަކާހުރެ ވެރިކަން ކުރުމުގެ ޝަރުތު ގެއްލިފައެވެ. ޖަލު ހުކުމެއްގައެވެ. އިބޫ ސޯލިހަށް ވެރިކަން އެމްޑީޕީން މަތިކުރީ އެހިސާބުންނެވެ. ވަކި އެކަނި މީހަކަށްޓަކައި އެތައް ހާސް ބައެއްގެ އުންމީދާއި ހައްގުގައި ކޮޅުފައިން ނުޖަހާން ވެގެންނެވެ. 

ނަޝީދުގެ އެންމެ ޕީކް ޓައިމްގައި 2013 ވަނަ އަހަރު 2ވަނަ ބުރުންވެސް ނަޝީދަކަށް ރާއްޖޭގެ ވެރިކަމެއް ނުހޯދުނެވެ. ނަޝީދުގެ މައްޗަށް ގަދަވީ ޔާމީނެވެ. އެހެނަސް 2018 ގައި ޔާމީނުގެ މައްޗަށް އިބޫ ގަދަވީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އެއްބުރުންނެވެ. ނަޝީދަށް ރާއްޖެ އާދެވި ދައުލަތުގެ އެއްތަނބަށް ވުމަށް ފުރުސަތު ދެއްވީ ރައީސް ސޯލިހެވެ. ނަޝީދުގެ ދެދުނިޔޭގެ ރަހުމަތްތެރި އިބޫ އެވެ. އެކަމަކު ކުރަނީ ކީއްހެއްޔެވެ. ގިތެޔޮއެޅި ގުޅިއަކުން ވަހެއް ނުފިލާނެތާއެވެ. އިބޫ ސޯލިހު ރީތި އަމާން ސުލްހަވެރި ދައުރެއް ނިންމާލަންދެން ވެސް ނަޝީދަކަށް ކެތެއް ނުވިއެވެ. ޕާޓީގެ ހުރިހާ ޑިމޮކްރެޓިކް ވެލިއުތައް މުގުރާލީއެވެ. 

ޑިމޮކްރޭޓުންގެ ހަން ގައިގައި ލައްވާފައި އޮޓޮކްރެޓުން ރައްޔިތުން ތެރެއަށް ނެރުނަކަސް އެޖާދޫގައި ޖެހޭ ވަރަށް ވުރެ ދިވެހިން ކުރި ތަޖުރިބާ ސާފެވެ. ފިކުރެއްގެ ދިރުންކިޔަސް އަތޮޅު ސަރުކާރު ކިޔަސް "ދި ޑިމޮކްރޭޓްސް" ކިޔަސް ހިލަނީ އެއްފުޢްގަޑެވެ. ނަޝީދު ނޫން ގޮތެއް ނެތް ކަލްޓެއް އުފަން ކުރުވަނީއެވެ. ކޮންމެ ނަމެއްގައި ނިކުތަސް ފިރުއައުނީ ނިޒާމްގެ ފިކުރެއް ނުދިރޭނެއެވެ.  

]]>
Mon, 22 May 2023 13:18:43 +0500 ހީރަސްނިއުސް
ޑރ. މުނައްވަރު ކެންޕޭން ލޯންޖުކުރުމުން ރައީސް ޔާމީނު ރަތަށް https://heerasnews.com/1338 https://heerasnews.com/1338 ސަރުކާރާ ދެކޮޅަށް ވާދަވެރިން ދައްކާ ގިނަ ވާހަކައަކީ އަސްލެއްނެތް ތޯތޯ ވާހަކަ ތަކެއްކަން ޑރ. މުނައްވަރު ނިކަން ރަނގަޅަށް ދެނެވަޑައިގަނެއެވެ. އިދިކޮޅު އެންމެން ގުއި ރޯނުގައި ޖެއްސުމަކީ ދާދި ފަސޭހަ ކަމެއްކަން ޑރ. މުނައްވަރަށް ވިސްނި ވަޑައިގަނެއެވެ. ވަކި ޕާޓީއަކާ ނުގުޅެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަން އިއުލާނު ކުރެއްވުމަށް ފަހު ހުންނެވީ އިދިކޮޅު އެންމެން ރަނގަޅަށް ބާނާލެއްވޭނެ ދަނޑިވަޅަކަށް ބައްލަވާށެވެ. 

ޗާގޯސް މައްސަލައަކީ އެ ގޮތުން މުނައްވަރަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތެވެ. ދޭތެރެއަކުން ކުދިކުދި ވާހަކަ ވިދާޅުވެލައްވާ އެންމެ ފުރަތަމަ އިދިކޮޅު އެންމެން ރަގަޅަށް ދޮންކޮށް ލެއްވީއެވެ. އިދިކޮޅު އެންމެން ލައްވާ ބޮޑެތި ގޯސްތައް ހެއްދުވިއެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ބަޔާން ނެރެ ސަރުކާރުން މާފަށް އެދެންޖެހޭނެ ކަމަށް ގޮވާލި ޗާގޮސްގެ ސިޔާދަތުގެ މައްސަލަ އެމީހުން ލައްވާ އެކޮޅުކޮޅުން ޖެއްސެވިއެވެ. 

ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއްކަމަށް އިދިކޮޅަށް ގަބޫލު ކުރުވާ އިގްތިސާދީ ސަރަހައްދަށް ވުރެ ޗާގޯސްގެ މިލްކުވެރިކަމުގެ އަޑު ގަދަ ކުރުވިއެވެ. ދެނަކާ ދެނެއްނެތެވެ. ޕީޕީއެމް ލައްވާ "ޗަ ގޯސް" އެއްވުން ބައްވާ ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭން ޗާގޯސް ހިފާނެ ކަމުގެ ވާހަކަ ދައްކުވައިފިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނު އޮތްގޮތް ރަނގަޅަށް އެނގިވަޑައިގެން ހުންނަވާ ރާއްޖޭގެ ސަރަހައްދުން ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ހައްދަވައިގެން އިދިކޮޅު މީހުން ލައްވާ ރާގުރާގަށް ފިތުނަ އުފެއްދެވީއެވެ.  

ވެރިކަމައިގެން ބޫތުކައިފައި ތިބިވަރުން ޑރ. މުނައްވަރު ގޭމްޕްލޭނެއް އެވެރިންނަކަށް ނޭގުނެވެ. ޕީޕީއެމާއި ޖުމްހޫރީއާއި އެމްއެންޕީއާއި ފިކުރެއްގެ ދިރުމުގެ މީހުނަށް ޑރ. މުނައްވަރުގެ މަޅިއަކުން ނުނެއްޓެވުނެވެ. ދެފެން ދޭތެރޭގައި އޮތް އެމްއާރުއެމާއި އުމަރު ނަސީރަށް ވެސް ވީ އެވަރެވެ. 

ޑރ. މުނައްވަރުގެ ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ވަރަށް އިދިކޮޅު ދޮންކޮށްލެވުމުން މުނައްވަރު ގޯލު ޖެއްސެވީ ނިކަން މޮޅަށެވެ. ފަހަތްޕުޅުގައި މާގިނަބަޔަކު ނެތީސް އިދިކޮޅު އެންމެން ފަހަތްޕުޅަށް ގެނެސް އިދިކޮޅު ލީޑަރަކީ ޑރ. މުނައްވަރު ކަމަށް އާއްމު ރައްޔިތުންނަށް ދައްކަވާ ލެއްވީއެވެ. ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނެ އިދިކޮޅުން މިހާތަނަށް އެންމެ ބާރަށް ދެއްކި ވާހަކައަކީ ފުލެއް ބިތެއްނެތް ދޮގު ވާހަކައެއްކަން އެ އެންމެންލައްވާ ޑރ. މުނައްވަރު އެއްބަސް ކުރުވީއެވެ. ޔާމީނާއި ގާސިމާއި ނަޝީދާއި އުމަރަކީ ރައީސްކަމަށް ތަސައްރަފު ނުފުދޭ ހަމަލަމަ ނެތް ބައެއްކަމަށް ރައްޔިތުންނަށް ސާބިތުކޮށް ދިނީއެވެ. އާޒިމާއާއި އުޝާމާއި އަލީ ހުސޭނު ފަދަ ވަކީލުންނަކީ ޑރ. މުނައްވަރުގެ ޕަޕެޓުން ކަމުގައި ދައްކާދިނީއެވެ. ދުންޔާ މައުމޫނުއާއި މައުމޫނު ރިފޯމަކީ ސާބިތުކަމެއް ނެތް ޑރ. މުނައްވަރުގެ ނަށާ މާގަނޑެއްކަން ހާމަކޮށް ދިނީއެވެ. 

އާނއެކެވެ. ނައިފަރު ޝިޔާމާއި ޓޮމްއާއި ބާރަށު ޝުޖާއާއި ބައެއް އެހެން އެމްޕީންނަށް ވާނުވާ ނޭނގި ނިކަން ރަނގަޅަށް ޑރ. މުނައްވަރުގެ މަޅީގައި ޖެހިއްޖެއެވެ. އާޒިމާއާއި ދުންޔާއާއި ނާދިރާއާއި އުޝާމާއި އަލީ ހުސައިނާއި އަމްރު ވެސް އެ ބޮނޑި ބޮއެފިއެވެ. ޕާޕާއާއި ޒުބައިރުމެންގެ ވާހަކަ ދައްކާނެ ކަމެއް ނެތްތާއެވެ. ރައީސް ޔާމީނާއި ގާސިމާއި ކާނަލް ނާޒިމާއި އުމަރު ނަސީރު އޮޅާލާ ޕީޕީއެމާއި ޖުމްހޫރީއާއި ދެންވެސް ތިބި އިދިކޮޅުގެ ތާއިދާއެކު ޑރ. މުނައްވަރު ރައީސްކަން ހޯއްދެ ވީމާ ފޮރިން މިނިސްޓަރުކަން ޔުމްނާއަށް، ބަންޑާރަ ނައިބުކަން އާޒިމާއަށް ދެއްވާނެކަމަށް އެ ދެބޭފުޅުން އެތިއްބެވީ ނަނާ ހުވަފެންފުޅުގައެވެ. 

އިދިކޮޅު ހުރިހާ ލީޑަރުން ބާކީކޮށް އިދިކޮޅު ގަނޑުކޮށް ޑރ. މުނައްވަރުގެ ފަހަތްޕުޅަށް އަރުވައިގެން ޑރ. މުނައްވަރުގެ ރިޔާސީ ކެންޕެއިން ލޯންޖުކޮށްލީ އިދިކޮޅު ލީޑަރުންނަށް ދޮންކަޅު އަންގާ ނުލައެވެ. އިބޫ ނޫންގޮތެއް ހޯއްދަވަން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނޭއްގާނި ވިސްނުމުން އިދިކޮޅު އެންމެން ޑރ. މުނައްވަރާއެކު ތިބިކަން ދައްކަވަން ދުއްވި ދެބޯގެރި ވަރަށްވެސް ހީލަތްތެރިއެވެ.

މި ވާއެތި އެންމެ ރަނގަޅަށް ވިސްނިވަޑައިގަންނަވަނީ ޖަލުގައި އޮންނެވި ޕީޕީއެމްގެ ރައީސް ޔާމީނަށެވެ. ޑރ. މުނައްވަރަށް ވެރިކަން ފަހިވެގެން ހިނގައިދާނެ ގޮތަކަށް ޖުޑިޝަރީން ނިންމުންތައް ނިންމަފާނެ ކަމަށް ރައީސް ޔަމީނު ގަބޫލުކުރައްވައެވެ. ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތި ލެއްވޭނެހާ މޫސުން އޮއްވާ ޔާމީނު މިނިވަން ކުރަން ޕީޕީއެމްގެ ލީޑަރޝިޕުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ޔާމީނު ގަބޫލު ކުރައްވާ ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެންފިއެވެ. ޕީޕީއެމްގެ ދެފުށްކެހެރި ލީޑަރޝިޕުން ނަގާފާނެ ޗާންސަކަށް ޖާގަނުދީ ދަރިކަލުން ޒައިން ވެރިކަމަށް ނެރެން ކުރެވެން އޮތް ހުރިހާ ކަމެއް ޕާޓީގެ ތެރޭންނާއި ބޭރުން ކުރުމަށް މެޑަމް ފާތުންއަށް ރައީސް ޔާމީނު އަންގަވައިފި ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތި ދީފިއެވެ.

    

]]>
Sat, 06 May 2023 11:25:18 +0500 ހީރަސްނިއުސް
ރައީސް އާއި އެމްޑިޕީ ދެވަނަ ދައުރަށް ތައްޔާރު https://heerasnews.com/1321 https://heerasnews.com/1321 ލާމަރުކަޒީ ނިޒާމުން ކައުންސިލްތައް ހިންގަން އެންމެ ބޮޑު ބާރެއް ދިނީ މިހާރުގެ މަޖިލީހުން މިހާރުގެ ސަރުކާރުންނެވެ. ޖުޑިޝަރީ އިސްލާހު ކުރުމަކީވެސް އެމްޑީޕީގެ ފަތްފުށްތަކުގައި އޮތް ސޮފުހާއެކެވެ. މި ވެރިކަމުގައި އެކަން ކުރެވެމުން ދާކަންވެސް ފާހަގަ ކުރެވެއެވެ. މިފަދަ އެތަކެއް އުއްމީދުތަކެއް ހާސިލްކުރުމަށް އެމްޑީޕީ އޮތީ ސަފުތައް ރުކުރުވާލާ ބަދަހިކަމާއިއެކު ރައީސް ސޯލިހުގެ ފަހަތްޕުޅުގައެވެ. ކުރިއައް އޮތް ތަނުގައި އެކަން ފެނިގެން ދާތަން ބަލަން ތިބޭށެވެ.  

ރައީސް ސޯލިހް ބޭނުންފުޅުވެ ވަޑައިގަންނަވަނީ އިދިކޮޅު ކެންޑިޑޭޓުންނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިގެން ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމެވެ. އެ އަމާޒަށް ވާސިލުވެ ވަޑައިގަތުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވަމުން ކާމިޔާބަކަށްފަހު ކާމިޔާބެއް އެވަޑައިގަންނަވަނީ ހާސިލު ކުރައް ވަމުންނެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައިފަހުން މި ހޭދަވި 14 ވަރަކަށް އަހަރުގެ ތެރޭގައި ބައެއް ދާއިރާ ތަކަކީ އިންތިހާބު ބޭއްވުމުގެ ކުރިން އެ އިންތިހާބެއް ގެންދާނީ އެމްޑީޕީ ނުވަތަ ޕީޕީއެމްކަން ގާތްގަނޑަކަށް އެނގޭ ދާއިރާ ތަކެކެވެ. އެ ގޮތުން މިވޭތުވެ ދިޔަ 14 އަހަރުގެ ތެރޭގައި ބޭއްވި ގުރައިދޫ ދާއިރާގެ އިންތިހާބުތައް އެއީ ޕީޕީއެމް އިން ކަށަވަރު ކަމާއެކު އަބަދުވެސް ގެންދާނެ ކަމަށް ބެލެވޭ ދާއިރާ އެކެވެ. ނަމަވެސް އެކަމަށް ނިމުން ގެނެސް ތާރީހު ބަދަލުކޮށް އެމްޑީޕީން މިވަނީ ކ. ގުރައިދޫ ދާއިރާ ރީދޫ ކުލައަށް ބަދަލުކޮށްލާފައެވެ. 

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުން ދައްކައި ދިނީ ރިޔާސީ އިންތިހާބު އައިސް ބޯމަތިވެފައި އޮއްވާ އެ ދާއިރާގެ ރައްޔިތުންގެ ތާއީދު މިސަރުކާރަށް އޮތް މިންވަރެވެ. މީގެ ހަތަރު މަހެއްހާ ދުވަހަށް ފަހު ބާއްވާ ރިޔާސީ އިންތިހާބުގެ ބޮޑު މަންޒަރު މި އިންތިހާބުން މިއޮތީ ކޮންމެ ވެސް މިންވަރަކަށް ކުރަހައި ދީފަ އެވެ. އެކަން ޔަގީނުން ވެސް ގުރައިދޫ ދާއިރާގެ ރައްޔިތުންގެ އަޣުލަބިއްޔަތުން އެއޮތީ ދައްކައިދީފައެވެ.

ރާއްޖޭގެ ގިނަ ރަށްތައް މިބީދައިން ތަސްވީރު ކުރަހައިދެމުން ދާއިރު، ރަޢީސް ސޯލިހުއަށް މީ އިތުބަރު ބޮޑު އިންތިހާބެކެވެ. އަދި ކާމިޔާބަށް ވާސިލްވުމަށް ފަސޭހަ ވެގެންދާނެ އިންތިހާބެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ރާއްޖޭގެ ތިންކް ޓޭންކެއް ކަމަށްވާ ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީން ކުރިއަށް ގެންދިޔަ ސާވޭ އަކުންވެސް ވަނީ ދައްކާފައެވެ. މިސާވޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެކި އުމުރުފުރާގެ 384 މީހަކާ ސުވާލުކޮށްފައިއެވެ. ސާވޭގެ ނަތީޖާ ދެއްކި ގޮތުން ސާވޭއަށް މައުލޫމާތު ދިން މީހުންގެ 81 ޕަސަންޓް މީހުން ބުނެފައިވަނީ ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށެވެ. ކަން މިހެން އޮތް އިރު ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ރައީސްއައް އޮތްކަން ހާމަވެގެން ހިނގައްޖެއެވެ. އަދި ރައީސް ސޯލިހު ގެނެސް ދެއްވާ ތަރައްގީއާއި ހަމަހަމަ ސިޔާސަތު ރައްޔިތުންގެ ގިނަ ބަޔަކު ބަލައިގެންފައި ވާކަން ވަރަށް ބޮޑަށް އެނގެއެވެ

]]>
Mon, 01 May 2023 15:44:59 +0500 ޒުރޫ
މުއިއްޒަށް ޕީޕީއެމް ޓިކެޓް: ރައީސް ޔާމިން ޗަ ގޯސް https://heerasnews.com/1305 https://heerasnews.com/1305 ރިއާސީ އިންތިހާބު ބޯމަތިވެފައިމިވާ ދަނޑިވަޅުގައި އިދިކޮޅު ޕީޕީއެމް އަށް އަދިވެސް އުޅެނީ ނެރޭނެ ކެނޑިޑެޓަކު ނުނިންމިގެނެވެ. އަޑިއަޑިން ރިއާސީ ޓިކެޓަށް ދޮންކޮށްގެން ތިބި އެތައްބަޔަކު އެބަތިއްބެވެ. ބޭރައް ފެންނަން ނެތް ނަމަވެސް މުޅި ޕީޕީއެމް ޕީއެންސީ އޮތީ ހުޅު ރޯވެފައެވެ. އެތެރޭގައި އެހާމެ ފޯރިގަދަކޮށް ޓިކެޓާއި ހިފާގަނެފައިވެއެވެ. ޕީޕީއެމްގެ ފެކްސަންތަކުން ދަނީ ޓިކެޓް ހޯދުމަތް އެތެރޭގެ ގައުމީ މަޖިލީސްގެ ގޮޑިތައް ކަށަވަރު ކުރަމުންނެވެ. ޕީޕީއެމްގެ މިހާރުގެ ހަރަކާތަކީ ރައީސް ޔާމިނަށް ހުވަފެން ދެއްކުމެވެ.

ޕީޕީއެމް ޕީއެންސީން ރަސްމީކޮށް ބުނަމުންދަނީ ޔާމީން ޖަލުގައި ހުންނެވިޔަސް ރިޔާސީ ޓިކެޓާ ގުޅޭ ވާހަކަ ދައްކަން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. ޕީޕީއެމްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓު ވެސް ޔާމީނަށް ވަނީ ޙަވާލުކޮށްފައެވެ. އެހެން ނަމަވެސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް ޔާމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އިސްތިއުނާފު ބަލައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިޚާބުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކު ނަމަ އެ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުންނެވެ

ޙުކުމް އެގޮތުގައި އޮއްވައި، ކެންޑިޑެސީ ހުށައެޅުއްވި ކަމުގައި ވީނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ޔާމީނުގެ ކެނޑިޑެސީ ބަލައި ނުގަނެވެނޭ ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ސަބަބަކީ ކެނޑިޑޭޓުންގެ އަސާސީ ޝަރުތުތައް ފުރިހަމަ ނުވުމެވެ. 

ދެން އޮތް ގޮތަކީ ޙުކުމެއް އިސްތިއުނާފުކޮށްފައި އޮއްވައި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިދޭތޯ ކޯޓުގެ ދޮރުގައި ޓަކިޖެހުމެވެ. ނަމަވެސް ޤާނޫނުއަސާސީގައި އެހާ ސާފުކޮށް ޝަރުތުތައް ބަޔާންކޮށްފައި އޮއްވައި ކޯޓުން ޔާމީނަށް އެ ފުރުސަތު ލިބުން އެއީ ވުމަށްވުރެ ނުމުން ގާތް ކަމެކެވެ. 

މުއިއްޒުއަކީ ޕީޕީއެމް ޕީއެންސީގެ ގައުމީމަޖިލިސް ކޮންޓްރޯލް މިހާރު އޮތް ބޭފުޅެކެވެ. އެހެން ކަމުން ނޫންކަމަށް ހަދައިގެން ހުރެ ޕީޕީއެމް ޓިކެޓް އެންމެ ފަސޭހައިން ދަމައިގެނޭވެ އެކަކީވެސް މުއިއްޒުއެވެ. ނޫން ކަމަށް ހެދިގެން ހުރި ނަމަވެސް ޓިކެޓް އިނީ ވަނދު ބަނބުކޭލެއް ގޮތަށް ތަނޑި ދޮންވެ ވެއްޓެން ކައިރިވެފައިކަން އިދިކޮޅު ލީޑަރުންނަށް ވެސް އެނގެއެވެ. އެއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. 

ވަނދުވެ ވެއްޓެން ކަރިވެފައިވާ ޕީޕީއެމް ޓިކެޓް ޖަހއިގަންނާނީ ވެސް މުއިއްޒުއެވެ. މުއިއްޒު ހުރީ ކުޅިބައި ހަމަކޮށް ތައްޔާރު ވެގެންނެވެ. މި ވަގުތު ރައީސް ޔާމިންގެ ހަރަކާތް ތަކަކީ އެހެން ގޮތެއް ނެތިގެން މީހުން ހިފަހައްޓަން މަޖުބޫރު ވެގެން ހިންގަމުން ދާހަރަކާތް ތަކެވެ. ބައިބައިވުމެއް ނެތްކަމަށް ބޭރަށް މަންޒަރު ދައްކާލަން ކުރެވެން އޮތް ހަމައެކަނި ކަންތައް ވެސް މެއެވެ. ސައްކެޔޮ ގަހަށް މަކުނު އަރާ ބީދައިން ޕިޕީއެމް ޓެކެޓައް އަރައި ގަންނާނެއެވެ. ރައީސް ޔާމިނާއި ޕީޕީއެމް ޕީއެންސީ ކިތަންމެވަރަށް ޗަ ގޯހޭ ބުންޔަސް މުއިއްޒް މި ފަހަރު ޓިކެޓް ދަމައި ގަންނާނެ ކަން ޔަގީނެވެ

]]>
Sat, 29 Apr 2023 02:28:27 +0500 ޒުރޫ
ހިތި ހަބަރަށްވި ފިޔާތޮށި ފިނިފެންމާ https://heerasnews.com/1293 https://heerasnews.com/1293 ކުރިން އިކޮނިމިކް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު ވިދާޅުވަނީ ފޯޅަވައްސަކީ އެއްވެސް ޒަމާނެއްގައި މޮރިޝަސްއަށް މިލްކުވެރިކަން ލިބިފައި އޮތް ތަނެއް ނޫން ކަމަށެވެފޯޅަވައްސަކީ ރާއްޖޭގެ މިލްކެއް ކަމަކަށް ވެސް ބުނެއެއް ނުދެވުނެވެ. އެހެން ބުނާކަށް ނުވެސް ކެރުނެވެ.

މިހާރަކަށް އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އެންމެ ހަރުއަޑުން ހަނގާ ކުރާ އެކަކީ މާވަށުދާއިރާގެ މެމްބަރު މުހައްމަދު ސައިދުއެވެ. ރައީސް ޔާމިންގެ ސަރުކާރުގައި އެންމެ ރަނޑުކޮށް ވަޒީރުކަން ކުރެއްވި އެއްވަޒީރަކީވެސް އެބޭފުޅާއެވެ. އޭރުގެ ފަސްޓްލޭޑީ ކިތަންމެ ގަޔާވިޔަސް ރައްޔިތުންގެ މެދުގައި އެހާ މަގުބޫލު ވަޒީރަކަށް ސައިދު ނުވެއެވެ.   

ސައިދުމެންފަދަ ބޭފުޅުން ރައީސް ސޯލިހުއާއި ޖެހިގެނެގެން ބަޔަކު ހިތްރުއްސަން އުޅުނަސް އެކަމެއް ވާކަށްނެތެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް މިހާރު ސައިދަށް ވެސް ނޭގެއެވެ. ފޯޅަވަހި ބަހުސްގައި ވާހަކަދައްކަމުން  ހއ. ތުރާކުނުން ފެށިގެން ލ. އަތޮޅާއި ހަމައަށް މޮރިސަސްއަށް ދީފިކަމަށް ބުންޏެވެ. ދެރައީ ނިދަން އަރާ ބާލީހާއި، ރަޖާގަނޑާ، ގޮދަޑި އެލިސްޓްގައި ހިމަނާނުލީމައެވެ.

ފޯޅަވަހި ކާރޑްކުޅެގެން ރައީސް ސޯލިހު ބަލިކުރެވިދާނެ ކަމަށް ދުށުމަކީ ކުށްހީއެކެވެ. އެސް އީޒެޑް ހަދާ ރާއްޖޭގެ ރަށްތައް ވިއްކާލީ ތިޔަބޭފުޅާގެ މޭސްތިކަމުގެ ދަށުންކަމަށް ދުނިއެވެސް ހެކިދެއެވެ. އަދި އެކަމަކީ އިއްޔެ ވިހޭ ކުއްޖާއަށްވެސް ނުއޮޅޭ މިންވަރަށް މަނިކުފާނުމެން ކޮށްލި ވައްކަމެކެވެ.

ކިތަންމެ ރަނޑު ކަމަށް ފެނުނަސް އަދީބުލައްވާ ހުރިހާގަނޑެއް ގަތީވެސް ހަމަ ތިޔަބޭފުޅުންނެވެ. ރައީސް ޔާމިނަށް ލޮޓިދިނީވެސް ހަމަ ތިޔަބޭފުޅުންނެވެ. ދޮންކަޅުމިން ބަޔަކަށް އަންގާނުލައި ފ ވިއްކާލަންއުޅެ، ރަށްތައް ވިއްކާ ނުހައްގުން ދިން ލާރި އަންބޮޑިއްލުމުގެ ނަތިޖާއެއްގެ ގޮތުން ރަޢީސް ޔާމިން އެ އޮންނެވީ ހުރަގޮޅީގައެވެ. އެތައް ބަޔަކަށް ރަށްތައް ވިއްކައިގެން އެންމެ ފަހުން އެމީހުނަށްވެސް ލޮޓިދިނީ މަނިކުފާނެވެ.

ދަރުމަވަންތަ ދެޓަވަރުތެރޭން އެއްޓަވަރު ކަޓުވާލީވެސް ފިނިފެންމަލުގެ ދާނުގައި އޮވެގެނެވެ. ބުރިޖުގެ އެއްލޭނުވެސް ކަޓުވާލީ ދަންވަރު ފިނިފެންމާ ބަގީޗާގައި އިންދެގެނެވެ.  ސައިދު އަދި އެގޮތް ކިތަންމެ ބޭނުންވިޔަސް ވާންނެތްކަމެއް ނުވާނެއެވެ. އެކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މިހާރުވެސް ރައީސް ޔާމިން މިނިވަން ވާން މަނިކުފާންމެން ނޭދެއެވެ.

ކަރުހިއްކާގަނެ ފެންބޮވައިގަނެފައި ތިވަނީ ވެރިކަމުގެ ސާނާ ސަރުބަތަށެވެ. ސިޔާސީ މައިދާނުގައި ރައީސް އިބޫއާ ބެހިލެވޭ ވަރަށްވުރެ މަނިކުފާނު އަދި މާ ރަނޑެވެ. ރައީސް އިބޫއާއި ފައިހަމަ ކޮށްލެވޭނީ ތަންކޮޅެއް ފިރިހެން ވެގެންނެވެ. ދިއްކޮށްލި ފިނިފެންމަލުން ކަރުބުޑުގައި ހިތިރިހަ ލުމަކީ ރައީސް އިބޫއާ ޖެހިގަންނަން ޖެހޭ ސަބަބެއް ނޫނެވެ.

]]>
Wed, 26 Apr 2023 19:07:49 +0500 ޒުރޫ
ރައީސް އިބޫއާއި ހެޔޮވެރިކަން: ދެވަނަ ދައުރެއް ހައްގު https://heerasnews.com/1287 https://heerasnews.com/1287 ހެޔޮ ވެރިކަމަކީ އާންމު މުއައްސަސާތަކުން ރައްޔިތުންނާއިގުޅުންހުރި ކަންކަން ހިންގައި، އާންމު ވަސީލަތްތައް ބެލެހެއްޓުމާއި، އިންސާނީ ހައްގުތައް ކަށަވަރުކޮށް ހަޤީޤަތަކަށް ހެދުމެވެ.  ކޮރަޕްޝަނުން އެއްކިބާވެ، ޤާނޫނުގެ ވެރިކަމަށް ރިޢާޔަތްކޮށްގެން ކުރެވޭ ޕްރޮސެސްއެކެވެ. 'ރަނގަޅު' ވެރިކަމެއްގެ ހަގީގީ އިމްތިހާނަކީ އިންސާނީ ހައްގުތަކުގެ ވައުދެވެ. އަދި މަދަނީ، ސަގާފީ، އިގްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ ހައްގުތައް ފުއްދައިދޭ މިންވަރެވެ.

ހެޔޮވެރިކަމުގެ ހަޤީޤީ މާނައަށް ނަޒަރު ހިންގާލުމުން ވެސް ރައީސް އިބޫއަށް ދެވަނަ ދައުރެއް ހައްޤެވެ. ދިވެހިރާއްޖެއަށް މުހިންމީ މައުމޫނާއި ، ނާސިރުގެ ފަލްސަފާއެއް ނޫނެވެ. އަދި މައުމޫނާއި ނާސިރުގެ ހާރިޖީ ސިޔާސަތެއް ވެސް ނޫނެވެ. ބޭނުމީ ހިކުމަތްރިކަމާއި، ކެތްތެރިކަމާއިއެކު ގައުމު ސަލާމަތުގެ އައްސޭރީގައި ބާއްވައިދޭނެ ސިޔާސަތެކެވެ. ތާރީހަށް ބަލާއިރު އެކަމަށް އެންމެ އެކަށޭނެ ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެއަރޕޯޓްތަކާއި ބަނދަރުތައް ތަރައްޤީ ކުރައްވަމުން އެބަގެންދަވައެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރު ހަރުފަތަކަށް ކުރިޔަށް ގެންދިޔުމަށްޓަކައި ގިނަގުނަ މަސައްކަތްތައް މި ސަރުކާރުން ރާއްވާ ހިންގަމުން އެބަ ގެންދެއެވެ. "ދިވެހިރާއްޖޭގެ ފޮރިން ސަވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސަވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމު ކުރެވިއްޖެއެވެ.  ފޮރިން ސާވިސް އެކުލެވިގެން ވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، އެ ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސާވިސްގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

ދެންއޮތީ ރައީސް އިބޫގެ ހެޔޮވެރިކަމުގެ ވާހަކައެވެ. ރައީސް އިބޫގެ ވެރިކަން ފެނިގެންދަނީ ހެޔޮވެރިކަމުގެ ފަލްސަފާތައް އެންމެ ފުރިހަމަށް އެތުރިފައިވާ ވެރިކަމުގެ ގޮތުގައެވެ. އެގޮތުން ލޯކަލް އިންތިޚާބުތައް ކުރިއަށް ގެންދަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ޤާނޫނުތަކާ އެއްގޮތަށް، އަދި އެއްވެސް މަކަރާއި ހީލަތެއް ނެތިއެވެ. އާންމު ހަރަކާތް ތަކުގައި ކަނޑައެޅިފައިވާ ގޮތްތަކެއްގެމަތިން އެންމެނަށް ބައިވެރިވެއެވެ. ހުރިހާ އަންހެނުންނާއި ފިރިހެނުންނަށް ނިންމުންތައް ނިންމުމުގައި ސީދާ ނުވަތަ އެމީހުންގެ މަސްލަހަތު ތަމްސީލުކުރާ ޝަރުއީ ހަމަތަކުގެ ތެރެއިން އަޑު އިއްވެއެވެ. މިފަދަ ފުޅާ ބައިވެރިވުމެއް ބިނާވެފައި ވަނީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މިނިވަންކަމުގެ މައްޗަށެވެ.

ނިންމުންތައް ނިންމުމުގައި، އިމްތިޔާޒު ކުޑަ އަދި އެންމެ ނާޒުކު މީހުންގެ އަޑުތައް ހިމެނޭ ގޮތަށް ހުރިހާ އަޑުތަކެއް އިއްވޭނެ ގޮތައް، ކަންކަން ތަރުތީބު ކުރެވިފައިވެއެވެ. މުޅި މުޖުތަމަޢަށް އެންމެ ފައިދާހުރި ކަންކަމާއި، އެކަންކަން ހާސިލް ކުރެވޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި އިއްތިފާޤަކަށް އައުމަށް އަބަދުވެސް ތެދުވެރިކަމާއެކު މަސައްކަތް ކުރެވެއެވެ. ގިނަ ބައެއްގެ ވިސްނުމާއި އެއްގޮތަށް ނިންމުންތައް ނިންމާއިރު މަދު ބައެއްގެ ހައްގުތަކާއި ޝަރުއީ މަސްލަހަތަށް އިހުތިރާމް ކުރެވެއެވެ. އަމާޒުތަކާއި، މަޤްޞަދުތަކާއި، އޮނިގަނޑުތަކާއި، އުސޫލުތައް ތަރުތީބުކޮށްފައި ވަނީ ރައްޔިތުންގެ ޝަރުޢީ އުންމީދުތަކާއި ބޭނުންތަކަށެވެ. އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާއި، އާއްމުހިދުމަތުގެ އެދުންތަކާއި ޝަކުވާތަކަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޖަވާބުދާރީވެއެވެ. ނިންމުންތައް ނިންމައި ތަންފީޒު ކުރަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަނގަޅަށް ކަނޑައެޅިފައިވާ ސަބަބުތަކާހުރެ (ޕްރައިވެސީ ހިމާޔަތް ކުރުން ނުވަތަ ޕްރޮކިއުމަންޓް ޕްރޮސީޖަރތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުން ފަދަ) ގިންތިކުރެވިފައި ނުވާ ހުރިހާ މައުލޫމާތެއް އާންމުންނަށް ލިބިގެންދެއެވެ. ނިންމުންތައް ނިންމުމާއި، ސިޔާސަތުތައް ތަންފީޒު ކުރުމާއި، ނަތީޖާއާބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށް ދެނީ، ލޯކަލް އޮތޯރިޓީތަކުގެ މަސައްކަތްތަކަށް ފުށުނާރައި ފައިދާހުރި ގޮތެއްގައި ޙިއްޞާ ކުރެވޭނެ ގޮތަކަށެވެ. އުސޫލުތަކާއި ގަވާއިދުތައް ފާސް ކުރަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށެވެ. އަދި އެ ގަވާއިދުތައް ތަންފީޒު ކުރަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެއްވެސް ފަރާތަކަށް ނުބަލައެވެ. ކޮރަޕްޝަންގެ ހުރިހާ ބާވަތެއްގެ ކޮރަޕްޝަން ހުއްޓުވައި އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އަމަލީ ފިޔަވަޅުތަކެއް އެބަހުއްޓެވެ.

މަސްލަހަތު ފުށުއަރާ ކަންކަން ވަގުތުން އިއުލާން ކުރެވޭއިރު، އެކަމުގައި ބައިވެރިވާ ފަރާތްތަކުން ކަމާބެހޭ ނިންމުންތަކުގައި ބައިވެރިވުން ދުރުހެލިކުރުވައެވެ. މިހާރުގެ ސިޔާސަތުތަކުގައި އަންނަން އޮތް ޖީލުތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށްފައިވެއެވެ. މުޖުތަމައުގެ ހައްޤުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މެދުނުކެނޑި މަސަތްކަތް ކުރެވެއެވެ. ތިމާވެށީގެ، ޢުމްރާނީ، މާލީ، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ މައްސަލަތަކާއި ޓެންޝަންތައް އަންނަން އޮތް ޖީލުތަކަށް ކުޑަކުރުމަށް މަސަތްކަތް ކުރެވެއެވެ.

ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ވިސްނުންތެރިކަމާއިއެކު ކޮމިއުނިޓީގެ މުސްތަޤްބަލާ މެދު ފުޅާ އަދި ދިގު މުއްދަތުގެ ވިސްނުމެއް ގެންގުޅެއެވެ. މި ނަޒަރިއްޔާތު ބިނާވެފައިވާ ތާރީޚީ، ސަގާފީ އަދި އިޖުތިމާޢީ ކޮމްޕްލެކްސިޓީތަކުގެ ވިސްނުމެއް އެބައޮތެވެ. ލޯނުތައް ކޮންޓްރެކްޓް ކުރުމާއި ބޭނުންކުރުމާއި، ވަސީލަތްތަކާއި އާމްދަނީއާއި ރިޒާވް އަންދާޒާކުރުމާއި، ޚާއްޞަ އާމްދަނީ ބޭނުން ކުރުމުގައި ވެސް މާލީ ކަންކަން ބެލެހެއްޓުމުގައި ވިސްނުންތެރިކަން ފާހަގަ ކުރެވެއެވެ.

ސަގާފީ ތަފާތު ކުރުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި، ކޮމިއުނިޓީގައި އެންމެންގެ ހިއްސާ އެކުލެވިގެންވާ ގޮތައް ވެރިކަން ހިންގުމާއި އެންމެ ފަރުދަކުވެސް ބާކީވެފައިވާ ކަމުގެ އިހުސާސް ނުކުރުމަށް މެދުނުކެނޑި މަސައްކަތް ކުރެއެވެ. ޚާއްޞަކޮށް އާބާދީގެ އެންމެ ކުދި ރަށްތަކަށް ވެސް ތަފާތު ކުރުމެއްނެތި ޒަރޫރީ ޚިދުމަތްތައް ލިބޭނެ ގޮތް ރައްކާތެރިކޮށް ދެއްވައެވެ.

މިދެންނެވި ފަލްސަފާތަކަކީ ހެޔޮވެރިކަމެއްގެ ފަލްސަފާތައް ވެސް މެއެވެ. ރައްޔިތުން ހަމަޖެހިލައިގެން މިދިޔަ ހަތަރު އަހަރު މި ހޭދަކޮށްލެވުނީ މިދެންނެވި ހެޔޮވެރިކަމުގެ ފަލްސަފާތައް ރަޢީސް ސޯލިހު ތަންފީޒު ކުރެއްވީތީއެވެ. ރަޢީސް އިބޫއަށް ދެވަނަ ދައުރެއް ދޭން ޖެހެނީ ހަމަޖެހޭ ދިރިއުޅުމެއް ރައްޔިތުމީހާ ބޭނުންވާތީއެވެ. އެކަން ކޮށްދީ ދައްކައިދީ ކަށަވަރުކޮށްދީފައިވަނީ ރަޢީސް އިބޫއެވެ.

]]>
Tue, 25 Apr 2023 20:12:02 +0500 ޒުރޫ
އައިޝާ މަގުމަތިކުރާ ހުށަހެޅުމެއް ގަބޫލުކުރާހާ ގާސިމު މޮޔައެއްނުވާނެ https://heerasnews.com/1228 https://heerasnews.com/1228 ދިވެހި ދައުލަތަކީ ކެނެރީގޭ ބަދިގެ ފުއްޑަނެއް ނޫނެވެ. ކެނެރީގެ ނަޝީދު ބޭނުން ވާހާއެއްޗެއް ދިވެހި ދައުލަތަކަށް ނުހެދޭނެއެވެ. ހެދިޔަކަ ނުވެސް ދޭނަމެވެ. މީހަކު ބޮލުރޮދި ކެނޑިގެން އުޅުނަސް އެންމެނަކު ތިބީކީ ބޮލުރޮދި ކެނޑިފައެއް ނޫނެވެ. 

ސެޕްޓެމްބަރ 9، 2023ގައި އޮންނަ ރިޔާސީ އިންތިހާބުގައި ކޮންމެ މީހަކު ރައީސް ކަމަށް ހޮވުނަސް އެ މީހަކަށް ހުވާކުރުމުގެ ކުރީން ނިޒާމީ ވޯޓު ކިއްކުރަން ހެއްޔެވެ. ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރުމުގެ ބާރެއް ގާނޫނު އަސާސީ ނުދެއެވެ. ރިޔާސީ އިންތިހާބުގެ ކުރިއަށް މި އޮތް މުއްދަތުގެ ތެރޭގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނައުމުގެ ބާރު ގާސިމަކަށް ވެސް ނަޝީދަކަށް ވެސް އަދި ނެތެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައިގެ ތާއީދު ލިބިގެން ނޫން ގޮތަކަށް ގާނޫނު އަސާސީއަށް ބަދަލެއް ގެނެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެ އޮތީ ދެގޮތެކެވެ. އެއްގޮތަކީ ގާނޫނު އަސާސީ ބުނާ ގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެ މުއްދަތުގައި ދިއުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމެވެ. ދެވަނަ ގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ ލިބިދޭ ބާރުގެ ދަށުން ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ. ދެ ގޮތުން ކުރެ އެއް ގޮތަކީ ވެސް މިހާރަށް ބަލާއިރު ވެވޭނެ ކަމެއް ނޫނެވެ. 

ނަޝީދުގެ ހުވަފެނަކީ ގާސިމް ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ މަޖިލީހުގެ ގިނަ މެންބަރުން ތަކެއް ކޮޅު ބަދަލު ކުރުވައިގެން މަޖީލީހުން ފާސްކޮށްގެން ފެންނަ ނުފެންނަ ވޯޓުނެގުމެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފުރަތަމަ ޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާސިމް އިބްރާހީމް އިންތިހާބު ކުރާށެވެ. މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު އިނދެގެން އަވަސް އަރުވާލައިގެން އެ ބަދަލު މަޖިލީހުން ގެންނާށެވެ. 

ނަޝީދު ބޭނުންވާހާ ގޮތަކަށް ދައުލަތުގެ ކަންކަން ފުށުން ޖަހާލަން ދީގެން އެހެން އެންމެން ތިބޭނީ ނިދާފާ ހެއްޔެވެ. ރިޔާސީ އިންތިހާބު ކޮންމެ މީހަކު ކާމިޔާބު ކުރިޔަސް އެ މީހަކު ހުވާ ކުރަންދެން ރައީސުލްޖުމްހޫރިއްޔާ ކަމުގައި އަދި މި އޮތްގޮތުން ހުންނަވާނީ ރައީސް ސޯލިހެވެ. ނަޝީދެއް ގާސިމެއް ނޫނެވެ. 

ދިވެހި ދައުލަތުގެ ސިފަތަކަށް ގެންނަންޖެހޭ ބަދަލުތަކޭ ބުނެ ދައުލަތުގެ ބާރު ނަޝީދާ ގާސިމަށް ބަހާލަން ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ތައްޔާރަކަށް ނޫނެވެ. އަމްދުން ހަސަން ކުރުސީ ބުނަޒާތުގެ ބާރުގަދަ ރައީސަކަށް ގާސިމުވާނެ ކަމުގެ ހުވަފެން ގާސިމަށް ދައްކައިގެން ނަޝީދުގެ ފައިކޭޓަށް ދިވެހި ދައުލަތް ވައްޓައެއް ނުލެވޭނެއެވެ. 

މަޖިލީހުގެ އުމުރު ދަންމާލައިގެން ނަޝީދު ބޮޑުވަޒީރު ކަމަށް އިސްކޮށް ހަސަން ލަތީފާއި އިމްތިޔާޒް ފަހުމީއާއި އަލީ އާޒިމާއި އިލްޔާސް ލަބީބު މެނަށް ވަޒީރުކަން ދީގެން އައިޝާ މަގުމަތިކުރާ ހުށަހެޅުމެއް ގަބޫލުކުރާހާ ގާސިމު މޮޔައެއް ނުވާނެއެވެ.

]]>
Thu, 13 Apr 2023 16:45:33 +0500 ހީރަސްނިއުސް
ގާސިމް އެއްބަސްވީ ދައުރު ތެރޭގައި ރައީސާ ވާދަކުރާކަށް ނޫން! https://heerasnews.com/1222 https://heerasnews.com/1222 ކޯލިޝަނަކީ ގާނޫނު އަސާސީއާއި ގާނޫނު ތަކުގައި އޭގެ ނަންވެސް ނުގަންނަ އެއްޗެކެވެ. އެކަމަކު އެއީ މި ދައުލަތުގެ ހުރިހާ އެއްޗަކަށްވުރެ މާމަތީގައި ދެމިއޮންނަ އެއްޗެކޭ ހީވާ ވަރަށް އެބަ ވާހަކަ ދައްކައެވެ.

ނަންހުރި ތަންދޮރު ދަންނަ ކަމަށް ހެދިގެން ރަށުތެރޭގައި ބަސް ބުނަން ނުކުމެ އުޅޭ މީހުންނަށް ކަންއޮތް ގޮތުގެ ވަހުމެއް ހިލަމެއް ވާހެނެއް ވެސް ހިއެއް ނުވެއެވެ.

މުޅިން އާ ބާވަތެއްގެ ދުސްތޫރީ އަޚްލާގެއް ކުރިއަށް ނެރެގެން ދައްކާ ވާހަކައިގަ ފެނެއް ނުހިފައެވެ.  

ކޯލިޝަނޭ ކިޔާފައި ވެރިކަމެއް ފަށައިފިއްޔާ ކެބިނެޓް މި އޮންނަނީ އެކިކުލައިގެ އެކި ސައިޒުގެ ފޮތިން ފޮތިކޮށް ބައި ކޮށްފައެވެ. އެކަމަކު ކެބިނެޓަކީ އެއަށް އިސްކުރުމާ ވަކި ކުރުމުގެ ބާރު ސައްތައިން ސައްތައަށް ރައީސުލްޖުމްހޫރިއްޔާ އާ މަތިވެފައި އޮންނަ ދައުލަތުގެ މުގައްދަސް ޒިންމާ އެެކެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާޖިބާ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެ މަނިކުފާނަށް ވާގިވެރިވާން ތިބޭ ބައެކެވެ. ސިޔާސީ ޕާޓީއާ ކުލަ އަކީ ކެބިނެޓާ ގުޅިފައި އޮންނަ އެއްޗެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެ މަނިކުފާނަށް އިތުބާރު ކުރެވޭ ކޮންމެ ދިވެއްސަކު ކެބިނެޓަށް ލެވިދާނެއެވެ. އަދި އެމަނިކުފާނުގެ އިތުބާރު ގެއްލިއްޖެ ކޮންމެ މީހަކު ކެބިނެޓުން ވަކި ކުރުމަކީ އެ މަނިކުފާނުގެ މުތުލަގު ބާރެކެވެ.  

ކެބިނެޓުން ވަކި ކޮށްގެން އެ މަގާމު އަނބުރާ އެ މީހަކަށް ލިބިދޭނެ އެންމެ ފަނޑިޔާރުގެއެއް ވެސް ދުނިޔޭގައި ނެތީ ކަމެއް ވީމައެވެ.

މި ރާއްޖޭގައި މި ވަނީ އެހެންނެއް ނޫނެވެ. ކޯލިޝަނުގެ ކޫދުން ކޯވަރެއް ބޮއެގެން ކެބިނެޓަށް ވަދެވިއްޖެ މީހަކު އެހުރީ ހުރިހާ ގާނޫނަކަށްވުރެ މަތީގައި ފަދައެވެ.

ހީވާ ގޮތުން ދައުރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާ ވާދަކުރަން އޮތީ ގާނޫނުގައި ކަނޑައަޅާފައޭ ހީވެއެވެ.

ކޮންތާކު ހެއްޔެވެ. ރައީސުލްޖުމްހޫރިއްޔާ އާ ވާދަވެރި ސިޔާސީ މަސައްކަތެއްގައި އުޅެން ބޭނުމިއްޔާ ވަތްދޮރުން ނުކުމެގެން ގޮސް އެ މަސައްކަތް ކޮށްގެން ތިމާ ބޭނުންމީހާ ވެރިކަމަށް ގެނެސްގެން އޭނާގެ ކެބިނެޓަށް އަންނާށެވެ.

އިދިކޮޅިއްޔާ އަދުރޭމެން ގޮތަށް ސަރުކާރާ ފޭގަައި ތިބެގެން ސަރުކާރާ ވިއްދާށެވެ. އަދުރޭ ވެސް އެހުރީ ރައީސް ސޯލިހުގެ ކެބިނެޓަކު ނޫނެވެ.

ވިޔަފާރި ސޭޓަކު ރާއްޖޭގެ ވެރިކަމަށް އަންނަން އުޅޭ އުޅުމާ ހެދި މި ރާއްޖޭގެ ދުސްތޫރީ އަޚްލާގު މިވަނީ އޮޅުން ބޮޅުންކޮށް ބޮއްސުން ލައްވާާލާފައެވެ. ދިވެހި ރައްޔިތުން ސަލާމަތްވާންޖެހޭ ވަކި އެ އަށްވުރެ ބޮޑު މުޞީބާތެއް ނެތޭ ހީވާވަރު ކުރާތާ ކިތަންމެ އަހަރެއްވީއެވެ.

]]>
Tue, 11 Apr 2023 15:47:32 +0500 ހީރަސްނިއުސް
ރައީސް ހުންނަންވީ ވާދަވެރިން ރުއްސާ ލޮއްސަން https://heerasnews.com/1204 https://heerasnews.com/1204 ކޮންމެ ފަހަރަކުވެސް ރިޔާސީ ދައުރެއް ފެށޭއިރު އޮންނަ ސަރުކާރެއްގައި އޮޅާލައި ދީވަލްޕާ ހެދިގެން ޖުމްހުރީ ނިދަން މިޔަރު މޮޅު ކާލަކާލާ އޮވެއެވެ. ކައިކައި ފުރާލައިގެން ނިދަން މިޔަރު ނިދިން ހޭލަނީ ކޮންމެ ރިޔާސީ ދައުރެއްގެ އަސުރުން ތިރިވީމައެވެ.

ދެނަކާ ދެނެއް ނުހުރެއެވެ. ކަނޑުމެދަށް ކަނދުފަތި ވައްޓާލައެވެ. ގަނޑުން ވަކިވެ ކަނޑު ހިގާ ވަކިވަކި މަސް ކަނދުފަތީގެ ހެޔަށް ލައްވާން ފަށައެވެ. ގުއިރޮޑާ ބުރަނދަ އައިސް ނަށަންފަށައެވެ. ބަނޑުފިލާގައި އައްޓަ މަސްތައް ތަތްކޮށްލައެވެ. ފިލިކޮށްލުމުން ބޯދި ބުރަކި މުގުރާމުން ކަނދުފަތި ވަށާފުރާލައެވެ. މަޑުމަޑުން ކަނޑު ހިގާ ކުދިބޮޑު އައިންތައް ކަނދުފަތިކައިރިއަށް ތިލަވެއެވެ. 

ކަނދުފަތި ކައިރިން ކައިފުރީމާ ދޯނި ފަހަރު އައިސް ހުސްބުޅީގައި ބާނާ ފުރާލައިގެން ދެއެވެ. ކަނދުފަތި ގަނޑަށް ރޯގިލަކަންފުޅެއް ނުވެއެވެ. އެކި ދިމަދިމާއިން ފޮނުވީމާ އަންނަ އުޅަދުތައް ކަނދުފަތިން މަސްބާނާ ފުރާލައިގެން ދަމުން އެންމެ ފަހުން ދަނީ ކަންދުފަތި ކަނޑާލާ ބޮޔާ ލަންޓަނަށް ދަންދެން ނަގައިގެނެވެ. އަބަދުވެސް ޖުމްހޫރީގެ ހަލަކީ މިއެވެ.  

އާދައިގެ މަތިން ފުރަތަމަ ބުރުގައި ވާދަކޮށްލާފައި ތިނަކަށް ހިގައްޖެނަމަ ކޯލިޝަން ހެދުމުގެ ހުވަފެން މިފަހަރުވެސް ދެކެންފެށީއެވެ. މި ފަހަރަކީ ޖުމްހޫރީގެ ފަހަރޭ ކިޔައިގެން ޅޮސް އުނދޯއްޔަށް ބަޔަކު މީހުން މި ފަހަރުވެސް ލައިފިއެވެ. ހިނގަ ހިނގާ އޮތް ސަރުކާރުގައި ބަސްކިޔަން ތިބެފައި އަމިއްލައަށް ވާދަކުރަން ނިންމި ނިންމުމަށް ފަހުވެސް ސަރުކާރު ފަތީލާފައި ތިބި މީހުން އިންތިހާބުގެ ދެވަނަބުރަކާ ހަމަޔަށް ދަންދެން ދޮޅި ކަނޑަނުލާ ފަތީގައި އަމުނައިގެން ގެންގުޅެލަދޭން އެދޭކަށް ލަދެއް ހަޔާތެއް ނެތެވެ. އާނއެކެވެ. އެ ހުރިހާ އެންމެން ކަނޑާލައިފިނަމަ އެ މީހުން ހިފަހައްޓަން ހާދަހާ ފައިސާއެއް މިދުވަސް ކޮޅުވެސް ހަރަދުކުރަން ޖެހޭނެއެވެ. 

ހުރިހާ މޮޅެއް ވެސް އޮންނަންވީ ޖުމްހޫރީއަށާއި ވާދަ ވެރިންނަށެވެ. ރައީސް ސޯލިހުގެ ކެބިނެޓާއި ސަރުކާރުގައި ތިބެގެން ކެންޕޭން ކުރަންވީ ގާސިމަށެވެ. ސަރުކާރުން ލިބެން އޮތް ހުރިހާ މޮޅަކާއި ފަސޭހައަކާ އެޑްވާންޓޭޖެއް ބަރާބަރަށް ލިބެން ޖެހެއެވެ. ކެބިނެޓާ ސަރުކާރުގައި ތިބެ ރައީސާ ދެކޮޅަށް ކެންޕޭނުކޮށް ސަރުކާރުގެ ސިޔާސީ މުސާރަ ނެގުން އެއީ ޑިމޮކްރަސީއެވެ. ރައީސްއަށް ގާނޫނު ލިބިދޭ ހައްގަކުން އެ މީހުން މަގާމުން ވަކިކުރުން އެ މީހުނަށް ވަނީ ބިރު ދެއްކުމަށެވެ. ނުފޫޒު ފޯރުވުމަށެވެ. ހުރިހާ މޮޅެއް ވާންވީ ވާދަ ވެރިންނަށެވެ. ރައީސް ހުންނަންވީ ވާދަވެރިން ލޮއްސާ ރުއްސާށެވެ.

]]>
Thu, 06 Apr 2023 22:14:36 +0500 ހީރަސްނިއުސް
ގާސިމް ކައިރި އަށް އަންނި! https://heerasnews.com/1177 https://heerasnews.com/1177 މިހެން މިބުނަނީ ހަމަ ހުރެފައި އެއްޗެއް ބުނާކަށް ނޫނެވެ. ގާސިމަށް އަބަދުވެސް އެންމެ އިތުބާރު ކުޑަ ސިޔާސީ ލީޑަރަކީ އަންނިއެވެ. ގާސިމް ދެކޭ ގޮތުގައި އަންނި ކައިރިން އެއް މޮޅު ލިބުނިއްޔާ ހަތަރު ކެހި އޮތީ ލިބިފައެވެ. އެންމެ ފަހުން ފެބްރުވަރީ 7 ގައި އަންނިއަށް ދިން އެންމެ ބޮޑު ލަގާގެ ފަހަތުގައި ގާސިމް ހުރީ ސިއްރަކުން ނޫނެވެ. 

އަންނިއާ ގާސިމްގެ މިއޮތް ސިޔާސީ އަދާވާތް ތެރިކަން އެންމެ ގާތުން އެނގޭނެ އެކަކީ އިބޫއެވެ. ކިތަންމެ ހެވިފައި ތިއްބަސް ފަސް އެނބުރޭ އިރު ދެ މީހުން ދެ މީހުންނަށް ތިބޭނެ ގޮތް އިބޫ އަކަށް ނޯޅޭނެއެވެ.

އެމްޑީޕީ މީހުން ކޮޅެއް ގޮވައިގެން ގާސިމް ކައިރިއަށް އަންނި ހިނގައްެޖެ ނަމަ އިތުރުވާ އެކަކަށް ގާސިމާ ފެއަށް 3 މީހުން ދާނެއެވެ. އަންނި ކިތަންމެ ވަރަކަށް އުޅުނަސް ޕީޕީއެމްގެ އަރަކުން އެނަމެއް ނުދިރޭނެއެވެ. ގާސިމް ކައިރިން ދުރަށްދާ މީހުން ދާން އޮންނާނީ ދެ ތަނެކެވެ. އެހެންޏާ އެމްޑީޕީ ނޫނީ ޕީޕީއެމްއެވެ. އޭރުން އެވާގޮތަކީ އިންތިޚާބުގެ ނަތީޖާގައި އެއްވަނަ ނުވަތަ ދެވަނައިގާ އޮންނާނީ އެތަނުން އެއްޕާރޓީއެވެ. އާދައިގެ މަތިން ޖުމްހޫރީ އެވެއްޓުނީ 3 އަށެވެ.

ސަންސިޔާމަކީ ގާސިމަށްވުރެ ކޮޓަރި ގިނަ ފަތުރުވެރި މަހުޖަނެވެ. ރިސޯރޓް މަހުޖަނުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ގޮސް ތިބޭ އިރު އެ ބޮޑު ގޮނޑީގައި އިންނަވާ ތަން އެމީހުން ދެކެން ބޭނުންވާނީ ގާސިމްތޯ ނުވަތަ އިބޫތޯ ހިތާ ހިތުން ސުވާލު ކޮށްލުން ރަނގަޅުވާނެއެވެ.  

އަންނިއާ ހުރެ ގާސިމްގެ ވޯޓު ތުނިކޮށްލުމަށް ފަހު، ލިބިއޮތް ހުރިހާ ފުރްޞަތެއްގެ ބޭނުން ހިފާ 50 އިންސައްތަ ވޯޓް ހުރަސްކޮށް އެއްބުރުން އިންތިޚާބް ނެގާނެ ފުރްޞަތު އިބޫއަށް އެންމެ ބޮޑު ގޮތަށް ކަންކަން ވަމުންދާތަން އެބަ ފެނެއެވެ.

އިބޫގެ ދެވަަނަ ދައުރުގައި ވެސް އަންނި އާއި ގާސިމަށް ބިރެއްނެތި ސިޔާސީ ކަންކަމުގައި އުޅެވޭނެކަން އެ ދެމީހުން ވެސް ގަބޫލު ކުރާނެއެވެ.

އެލަކުން މިލަކުން ގޮސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞޯލިޙްގެ ރިޔާސީ ދެވަނަ ދައުރުގެ ތާރީޚީ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ އެންމެ ކުރީސަފުގައި ރައީސް ނަޝީދާއި އޮނަރަބްލް ގާސިމް އިބްރާހިމް ފިސާރި ހައިބަ ބޮޑުކަންމަތީ ތިއްބަވާނެއެވެ.

ސަބަބަކީ ބަރުލަމާނީ ކޮއްތު ދަރާ ބޯފެން ލައިގެން އެ އޮޑި ރާއްޖޭގެ އަރިހުރަހަށް ދުއްވާނެ ނިޔާމަ ދަތުރު ރައީސް ނަޝީދަށް ވެސް ފަހިވީއެވެ.

އާދައިގެ ބަހުން މުޚާތަބް ކުރަމުން ދިޔަ މިލިއުން ނިންމާ މިލީ މާތް ބަހުން މުޚާތަބް ކުރަމުންނެވެ.

]]>
Mon, 27 Mar 2023 16:27:44 +0500 ހީރަސް
ބޮޑުސޭޓް ދުއްވާލާ ކުރުސީ ވެރިކަމަށް އައުމުގެ އިންޒާރު https://heerasnews.com/1167 https://heerasnews.com/1167 އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެރިކަން ޖަހައިގަތުމަކީ ހަސަން ކުރުސީގެ ނިޔަތެވެ. ބޭނުމެވެ. އުޅެއުޅެވެސް އިބޫ އަތުން ވެރިކަން ދަމައެއް ނުގަނެވުނެވެ. ބޮޑު ވަޒީރުކަން ނަމަވެސް ލިބޭނެ ގޮތެއް ވޭތޯ މަރުފަލި ޖަހައިފިއެވެ. ނިޒާމު ބަދަލުކޮށްގެން ބޮޑުވަޒީރުކަން ލިބޭތޯވެސް ލައްކަ ސަކަރާތް ޖަހައިފިއެވެ. ވީކަމެއް ހަރާމުން ހަރާމެވެ. 

މަޖިލީހުން ލިބިއޮތް ސްޕަރމެޖޯރިޓީ ބޭނުން ކޮށްގެން މެންބަރުންނަށް ވަޒީރުކަމުގެ ހުވަފެން ދައްކައިގެން ބަރުލަމާނީ އަކަށް ބަދަލު ކުރަން ދެއްކި ޖާދޫއަކަށް މެންބަރުން ނުހެއްލުނެވެ. ގިނަ މެންބަރުން ކުރުސީއާއި ޖެހުނީ ފެޔަށެވެ. ނިޒާމު ބަދަލުކުރާ ވާހަކަ ނުދައްކާ ރިޔާސީ ޕްރައިމަރީގެ ވާހަކަ ނުދައްކަން ހުރި މީހާ ކުއްލިޔަކަށް ފެނުނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިކުތްތަނެވެ. ނިޒާމު ގޯހަސް ހެޔޮތާއެވެ. ވެރިކަން ލިބެންޏާ ނިޒާމް ގޯހެއް ނުވާނެއެވެ. 

ހުތުރު ބައްޔަކުން ބަލިވެ ޓިކެޓް ގެއްލުމުން މަށަށް ނެތް ވެރިކަމެއް ގޯތި ކުއްޖަކަށް ވެސް ލިބިގެން ވާކަށް ނެތެވެ. ހެދުނު އެއްޗެއް ހަދައިގެން ބޭނުމީ ވެރިކަން ފިރުކައިގަތުމެވެ. އަމިއްލަ ޕާޓީ ދޫކޮށް ހަސަނު ކުރުސީ ބޮޑު ސޭޓް ފަހަތަށް ޖެހެލުމުގައި ދެ ބޭނުމެއް އެބައޮތެވެ. 

ސޭޓަށް ރާއްޖޭގައި ނުކުރެވެނީ ވެރިކަން އެކަންޏެވެ. ވެރިކަން ކުރި މީހުންގެ ލިސްޓުގައި ސޭޓްގެ ނަން ޖަހާލެވެނިކޮށް ސޭޓަށް ނިމުނީއޭ ހަސަނަށް ހީވެއެވެ. ސޭޓްގެ ވެރިކަމެއްގައި ނިޒާމް ބަދަލުކޮށް ރަމްޒި ރައީސަކަށް ސޭޓް ބަހައްޓައިގެން ބޮޑުވަޒީރު ދައުލަތް ހިންގާގޮތް ހަދާ ބޮޑުވަޒީރަކަށް ވުމަކީ ކުރުސީގެ ފުރަތަމަ ވިސްނުމެވެ.

ކުރުސީގެ ދެވަނަ ވިސްނުމަކީ މާ ނުރައްކާތެރި ބިރުވެރި ވިސްނުމެކެވެ. ކުރުސީ ރަނިންގ މޭޓެއްގެ ގޮތުގައި ހުރެ ސޭޓަށް ވެރިކަން ހޯދާ ދިނުމެވެ. ސޭޓަކީ އުމުރުން ދުވަސް ވީ ބަލިމީހެއް ކަމުން ދައުރު ތެރޭގައި ވެރިކަން ނައިބު ރައީސްގެ އަތްމައްޗަށް ފޮރޮޅާލުމުގެ ނުބައި ވިސްނުމެވެ. ކުރުސީގެ ބޮލުގައި އެނބުރޭ ނުބައި ވިސްނުން ކެތްނުވެގެން އެންމެ ފަހުން ހާމަވެސް ކުރީއެވެ. 

ހުރި ނުބައިކަން ދެކިބަލާށެވެ. ފާރިސް މައުމޫނުއާއި އަލީހުސައިން ފަދަ ބޭފުޅަކަށް ރަނިންގ މޭޓްކަން ނުދީ ޖުމްހޫރީގެ ރަނިންގ މޭޓްކަން ހަސަން ކުރުސީއަށް ދޭން އެ އޮތީ ގޮވާލާފައެވެ. 

ހަސަން ކުރުސީ ރަނިންގ މޭޓަކަށް ލައިގެން ގާސިމް އިބްރާހީމް ގެ ވެރިކަމެއް ކުރަން ފަށައިފި ނަމަ ފުރަތަ ހަމަސް ތެރޭގައި ރައީސް ކަމުން ގާސިމް ވަކިވާން މަޖުބޫރު ކުރުވާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. ގާސިމް އިބުރާހީމް ވެރިކަމަށް ގެނައުމަށް ފަހު ވެރިކަމުން ވަކިކޮށް ވެރިކަން ފިރުކައިގަންނާނެ ކަމުގެ އިންޒާރު ހަސަން ކުރުސީ މިހާ ކުރިން އެ އޮތީ ދީފައެވެ. މަރުގެ އިންޒާރެއްގެ ގޮތުގައެވެ. 

]]>
Fri, 24 Mar 2023 20:22:31 +0500 ހީރަސް
ޕާޓީތަކުގެ ތަންތަންކޮޅާ ޖޭޕީ ކޯލިޝަން ހެދުން https://heerasnews.com/1164 https://heerasnews.com/1164 ސިޔާޕާޓީ ތަކުގެ ތަންތަންކޮޅާ ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދަނީއެވެ. ޕީޕީއެމުން ގައްސާނު ފެކްޝަނާއެވެ. އެމްޑީޕީން އަންނި ފެކްޝަނާއެވެ. ސަލަފްގެ ބައިވެރި ވުމާއެކު ޕީޕީއެމް މޭޔަރ ފެކްޝަން ކިހިލި ޖަހާލުމުގެ ހިޔަޅު ރޭވުން އަންނަނީ ރޭވެމުންނެވެ. އެންމެ ފަހުން ޕާޓީތަކުން ވަގަށް ނަގާ ފެކްޝަން ތަކުގެ އެހީގައި ވެރިކަމަށް އައިސް ގާނޫނީ ހައިސިއްޔަތެއް ނެތް ބައެއް ކަމަށް ބުނެ އެންމެން ފައްސާ ނާގާލާ ވެރިކަން އެކަނި ކައްވާލުމުގެ ހީލަތްތެރި މަޅިއަށް މުއިއްޒާ ގައްސާނާއި ނަޝީދު އެތިބަ ދަނީ މެހެމުންނެވެ.   

މަލްޓި ޕާޓީ ނިޒާމަށް ގާސިމް އިބުރާހީމް އިސްވެހުރެ އެ ދެނީ މުޅި ނިޒާމު ފުނޑު ފުނޑު ކޮއްލާވަރުގެ ނުރައްކާ ތެރި ހަމަލާ އެކެވެ. އެ މަގުން ގޮސް ގާސިމަށް ވެރިކަން ކާމިޔާބު ވެއްޖެނަމަ ވަސްނެތް ފޮޑިއަކަށް ވެސް މުގާބޭ ނުވާނެއެވެ. ހޮދުމުހުތާރުކަމާއި ދައުލަތް އަމިއްލަ ކޮށްލުމުގައި ދުނިޔެ ދުށް އެފަދަ މަދު މީހުންގެ ލިސްޓުން ކުރި ހޯދާނެއެވެ. ވަހުޝީ ކަންކަމުގައި ކަލްގިއުލާ ވެސް ވާނީ ސުމަކަށެވެ. 

އެކަމަކު ކުރާނީ ކީއްހެއްޔެވެ. ރަންކޮޅާއެވެ. އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ހުރި ގޮތަށް ހުއްޓާ އެމްޑީޕީގެ ރައީސް ޖުމްހޫރީ ގައިދަށު ވެއްޖެއެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް އޮތްތާ އޮއްވާ އަންނިގެ ޕަޕެޓް އެމްޕީން ޖޭޕީއާއި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެއް ހަދަނީއެވެ. ފިކުރެއްގެ ދިރުމާ ޖުމްހޫރީ މެނީފެސްޓޯއެއް އެކުލަވާ ލެވެނީއެވެ. ޖުމްހޫރީ ޕާޓީއާއި ނަޝީދު ގުޅިގެން ރާއްޖޭގެ މަލްޓިޕާޓީ ސިޔާސީ ނިޒާމު ފުޑާލަނީއެވެ.

ދައުލަތުން ސިޔާސީ ޕާޓީއަށް ދޭ ފައިސާ ހޯދައިގެން ތިބެ ޖުމްހޫރީ ޕާޓީން އެހެން ޕާޓީއެއްގެ މެންބަރުން ތަކަކާއެކު ގާނޫނާ ހިލާފަށް ހަދާ ކޯލީޝަން ހުއްޓުވަން ޖެހެއެވެ. އެމްޑީޕީގެ ގާނޫނީ ގުނަނަކުން ފާސް ކުރުމެއްނެތި އެމްޑީޕީ ބަޔަކާއެކު ޖުމްހޫރީން ކޯލިޝަން ހެދުމަކީ ޖުމްހޫރީ ޕާޓީ ސަސްޕެންޑް ކުރަން ޖެހޭވަރުގެ ކަމެކެވެ.

]]>
Thu, 23 Mar 2023 18:18:38 +0500 ހީރަސް
މިދަނީ ވެރިކަމެއް ހިންގާ މަލަރުކޮށްލަން:ފައްޔާޒު https://heerasnews.com/1160 https://heerasnews.com/1160 އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވަނީ ތެދުފުޅެކެވެ. ދެ މީހުންނަށް އެއް ފަހަރާ ވެރިކަމެއް ނުކުރެއްވޭނެއެވެ. ވެރިކަން ކުރެވޭނީ ކޮންމެވެސް އެކަކަށެވެ. އަނެއްކޮޅުން އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެއެވެ. ތިމާއަށް ނެތް ވެރިކަމެއް އެމްޑީޕީން އެހެން މީހަކު ކުރަން ރައީސް ނަޝީދު އެދިވަޑައިނުގަތުމަކީ ޕާޓީގެ މައްސަލައެއް ނޫނެވެ. ދިމާވި ހާލަތެއް ދިމާވެގެން 2018ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ރާއްޖޭގެ ވެރިކަން އެ ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. 

2008ގައި ރައީސް ނަޝީދު ކުރެއްވި ވެރިކަން އެމްޑީޕީ މެންބަރުންނާއި ދިވެހި ރައްޔިތުން ތަޖުރިބާ ކޮށްފިއެވެ. ޖެހެލުން ކުޑަކަމަށް މަޝްހޫރު އަންނިއަށް ވެރިކަން ލިބިވަޑައިގެން ވެރިކަން ކުރައްވަން އެނގިވަޑައިނުގެން ވެރިކަމުގައި ހިފަހައްޓަވާ ނުލެއްވި އިސްތިއުފާ ދެއްވިކަން އެމްޑީޕީ މެންބަރުން ހަނދާނުން ފިލާނުދެއެވެ. ބަސްނޭޙުމެއް ބަގާވާތަކަށް ފޫޅުކަނޑާ ބިޔަ ބޮޑު އެމްޑީޕީ މަގުމަތިކޮށް ހަތް އަހަރު ބިކާރީ ކުރުވި ވޭނާއި ލިބުނު އަނިޔާ ތަހައްމަލު ކުރީ އާއްމު މެންބަރުންނެވެ.

އެހެނެއް ކަމަކު 2013ގައި އެމްޑީޕީން ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދިނެވެ. ބަގާވާތުގެ ހަމްދަރުދީއާއި މުޅި ޕާޓީގެ ވޯޓާއެކު ވެސް ރައީސް ނަޝީދަކަށް ވެރިކަމަށް ވަޑައެއް ނުގަނެވުނެވެ. 2013ގެ ރިޔާސީ އިންތިހާބު ފޭލިވުމުން ވެސް އެމްޑީޕީ 2018ގެ ރިޔާސީ ޓިކެޓް ވެސް ދިނީއެވެ. ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަނުވާ ހާލުކޮޅެއްގައި ހުންނަވަނިކޮށެވެ. ފަނޑިޔާރަކު ރަހީނު ކުރުމުގެ ކުށުގައި 13 އަހަރުގެ ޖަލުހުކުމެއް ގައި ހުންނަވަނިކޮށެވެ. 

2018ގެ ރިޔާސީ އިންތިހާބަށް ދެމަހަށްވުރެ ކުޑަވެ ރައީސް ނަޝީދު ހުކުމެއްގައި ހުންނެވުމުން އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ވަރަށް ވަގުތު ކުޑަތަން ވުމުން އެމްޑީޕީއަށް މަޖުބޫރުވީ އެހެން މީހަކަށް ރިޔާސީ ޓިކެޓް ދިނުމަށެވެ. އުކުޅަހު ކޮންގްރެސް އިން އިބްރާހީމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ އެމްޑީޕީގައި އޭރު ހުރި އެންމެ ތަޖުރިބާކާރު އެއް ޕޮލިޓިޝަނަކީ ރައީސް ސާލިހަށް ވީތީއެވެ. 

އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސް ސާލިހު ދައުލަތް ހިންގަވަމުން ގެންދަވަނީ ހަމަހަމަކަމާއި ތަފާތު ކުރެއްވުމެއް ނެތިއެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދެއްވަމުން ކޮވިޑްގެ އާލަމީ ވަބާއާއި ޔުކްރައިން ހަނގުރާމާގައި މުޅިދުނިޔެ ދުށް ކްރައިސިސް މެނޭޖް ކުރައްވަމުން ކެތްތެރި ކަމާ އޯގާތެރިކަމާ އެކުގައެވެ. ގައުމަށް އަމާންކަން ގެނުވާ ސިޔާސީ ބަދަލު ހިއްޕެވުމެއް ނެތިއެވެ. ކާމިޔާބު ރިޔާސީ ދައުރެއްގެ ފޮނި މީރުކަމުގެ މޭވާ ހޯދުމަށް ރިޔާސީ ދެވަނަ ދައުރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް މެންބަރު އެރުވީ އުންމީދާއި ޔަގީންކަމާ އިތުބާރާ އެކުގައެވެ. 

ބަޔަކު ހީކުރާ ގޮތާއި ހިލާފަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ ނުލާ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އެ ބައޮތެވެ. އެހެނަސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީ ބޭނުން ވަނީ ނަޝީދުގެ ތާއީދާ ވެސް އެކުގައެވެ. 

ރައީސް ނަޝީދަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއެކު ހުންނެވުމެވެ. ރައީސް ނަޝީދުގެ ސިޔާސީ ހައިބަތާއި މަގްބޫލުކަން ދެމެހެއްޓުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވާ ދެއްވުމެވެ. ޖަޒްބާތުގައި ޖެހި ވަޑައިގެން ގަދަ ހިފުމަކަށް ވަޑައިގެން އެމްޑީޕީ ނޫން ބަޔަކަށް ވެރިކަން ހޯއްދަވާ ދެއްވިޔަސް ރައީސް ނަޝީދަށް ކުޑައިމީސް ނުކުރާނެ ސިޔާސީ ލީޑަރެއް ދިވެހި އުޑުދަށުގައި ނެތެވެ. ރައީސް ނަޝީދަށް ހައްގު މަގާމާއި އިހުތިރާމް ހޯއްދަވާ ދެއްވާނެ ލީޑަރަކީ ހަމަ ރައީސް ސޯލިހެވެ.

އެމްޑީޕީ އެ ދަނީ އަނެއްކާ ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ ދިމާލަށެވެ. ކުރިއަށް އޮތް ފަސް އަހަރު ވެސް އެމްޑީޕީން ކުރާނީ ހެޔޮ ވެރިކަމެކެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވަނީ "އަޅުގަނޑުމެން މި ދަނީ މިނިވަން ދައުލަތެއް އަދި ރައްޔިތުންނަށް ހިދުމަތް ކުރާ ސަރުކާރެއް އަދި ސުލްހަމަސްލަސްކަމާ އެއްކޮށް ވެރިކަމެއް ހިންގާ އެ މަލަރުކޮށްލުމުގެ މަރުހަލާއަށް. އެހެންވީމަ ގާނޫނުއަސާސީން ލިބުނު މިނިވަން ކަން ހޯދަން ދިވެހި ރައްޔިތުން ކުރި ކަންތައްތަކާއި އެކަންތައްތައް ރަނގަޅަށް ހިފަހައްޓައި މިއީ ރާއްޖޭގެ އާންމު ގޮތް ކަމަށް ހެދުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ރައީސް ސޯލިހާ އެކީގައި ކާމިޔާބު ކުރަން " ކަމަށެވެ. ރައީސް ސޯލިހާ އެކުގައި މި މަސައްކަތުގައި ބައިވެރިވުމަށް ހުރިހާ އެންމެންނަށް އެމްޑީޕީން ގޮވާލައެވެ.  އެއްވެސް މީހަކު ބާކީ ނުވުމަށް އެމްޑީޕީ އެދެއެވެ.

]]>
Wed, 22 Mar 2023 13:07:57 +0500 ހީރަސް
ހުވަޔާ ތައާރުޒްވާހެން މަގާމްތަކުގައި ނުބޭތިއްބޭނެ! https://heerasnews.com/1154 https://heerasnews.com/1154 ކޯލިޝަނަކުން ވެރިކަން އުފެއްދުމަކީ އާކަމެއް ނޫނެވެ. އާކަމަކީ ކޯލިޝަން ދެމެހެއްޓުމާއި، އެއް ކޯލިޝަނެއްގައި ވާދަވެރި ރިޔާސީ 2 ކެންޑިޑޭޓުން ތިބުމެވެ. މިހާރު މިއުޅެނީ މިބުނި އާގޮތްވާތީއެވެ.

ކެބިނެޓާ އެހެނިހެން ސިޔާސީ މަގާމް ތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި އެތިއްބެވި ބޭފުޅުންނަކީ އެކި ޕާޓީގެ އެކި ލީޑަރުން ދެއްކެވި އެކި މީސް މީހުންނެވެ. އެހެން ނަމަވެސް އެ މީހުން ކޮށްފައިވާ ހުވަޔާ ވެފައިވާ އިގްރާރާ ހިފާފައިވާ އަހުދު ކަށަވަރަކީ ގާނޫނު އަސާސީއާ ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ދައުލަތް ފިޔަވާ ވަކި ޕާޓީ އަކާ، ލީޑަރަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ބާތިލް އިލާހުން ތަކަކީ ތިޔަ ބައިމީހުންނާއި ތިޔަ ބައިމީހުންގެ ކާބަފައިން ކިޔައިގެން އުޅޭ ނަންތަކެކޭ ކީރިތި ގުރްއާންގައި ވެސް އޮވެއެވެ. 

ހަމަ އެގޮތަށް ކޯލިޝަނަކީ ވެސް އަމިއްލައަށް ކިޔައިގެން އުޅޭ ނަމެކެވެ. ގާނޫނު އަސާސީ ދައްކާ އިންތަކާ މިންތަކުގެ ބޭރަށް ގޮސްގެން ތިމާގެ ސިޔާސީ މަގާމުގައި ދެމިހުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ގާނޫނީ ވެރިކަމެއް ދަމަހައްޓާ ނަމަ އެއްވެސް މީހަކަށް އެޖާގަ ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް އޮތް އިޚްތިޔާރެއް ވެސް ނޫނެވެ. ކޯލިޝަން އެއްބަސްވުން އޮތީ 5 އަހަރަށޭ ވިދާޅުވެ ފިޝަރީޒް މިނިސްޓަރ ކުރައްވާފައިވާ ގާނޫނީ ހުވަޔަކާ ހިލާފުވެ ވަޑައެއްނުގެންނެވޭނެއެވެ. ވަޒީރުން ކުރާ ގާނޫނީ ހުވާ މިތަނުގައި މިއޮތީ އެވެ.

މީގައި އެ ބުނާ ކޯލިޝަނާއި، ތިމާ ހުރި ޕާޓީއާއި އެ ޕާޓީގެ ލީޑަރުގެ ވާހަކައެއް ނެތެވެ. ހިނގަ ހިނގާ އޮތް ރިޔާސީ ދައުރެއްގައި ރައީސުލްޖުމްހޫރިއްޔާ އާ ވާދަވެރި އެހެން ރިޔާސީ ކެންޑިޑޭޓަކަށް ތިމާގެ ތެދުވެރިކަން ހުސްކޮށްލަން ވާނީ ތިމާ ހުރި ވަޒީރު ކަމުގެ ގޮނޑި ހުސްކޮށްފައެވެ. ދައުލަތް ނޫން ފަރާތަކަށް ދީލާލާ ވަޒީރެއްގެ ގޮނޑި ހުސް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ވާޖިބެކެވެ.

ވަޒީރުން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބެނީ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ވަޒީރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރުންމަތީ ދެމި ހުރުމަށެވެ. ވަޒީރު ކަމަށް ނަން ހުށަހެޅި ޕާޓީ ލީޑަރަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ވަޒީރުކަން އަދާކުރުން މަތީ ދެމި ހުރުމަކަށް ނޫނެވެ. 

ވަޒީރަކަށް ވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނޫން އެހެން ފަރާތެއްގެ މަސްލަހަތުގައި މަސައްކަތް ކުރުމަކީ ހުވަޔާ ހިލާފުވުމެވެ. ކަމަކީ ވެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ. ވަޒީރުންގެ ވާޖިބު ތަކާއި މަސްއުލިއްޔަތު ތަކަށް ބަލާލުމުން އެކަން ވަރަށް ރަގަނގަޅަށް ސާފުވެއެވެ. 

ގާނޫނު އަސާސީގެ 132 ވަނަ މާއްދާއަށް އެކަނި ބަލާލިޔަސް ރައީސުލްޖުމްހޫރިއްޔާއާއި ވާދަވެރި ސިޔާސީ މަސައްކަތެއް ވަޒީރަކަށް ހުރެ ނުކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ އެ މީހަކާ ޙަވާލު ކުރާ އެންމެހައި މަސްއޫލިއްޔަތުތައް އިޚްލާޞްތެރި ކަމާއި ތެދުވެރި ކަމާއެކު އަދާކުރާންވާނެ ކަމަށް އެ މާއްދާ ބުނެއެވެ. 

ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި، އެހީތެރިވެ ދިނުމާއި، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ސަރުކާރު ހިންގުމުގެ ހުރިހައި ދާއިރާ ތަކެއްގައި ވެސް އެ ސިޔާސަތުތައް ތަންފީޒުކޮށް، ހިނގާ ނުހިނގާ ގޮތް ބެލުމަކީ ވަޒީރު ކަމުގައި ހުންނަ މީހަކަށް ގާނޫނު އަސާސީ ލާޒިމު ކުރާ ކަންކަމެވެ. ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި އެހީތެރިވެ ދޭން ހުންނަ މީހާ ވާދަވެރި ރިޔާސީ ކެންޑިޑޭޓެއްގެ ސިޔާސަތު އެކަށައެޅުމުގައި ބައިވެރިވެ އެއްބާރުލުން ދިނުމަކީ އިހުލާސްތެރި ކަމެއް ތެދުވެރި ކަމެއް ނެތުމެވެ.

ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި، އެ މަސައްކަތްތައް މުރާޖަޢާ ކުރުމާއި، ވިލަރެސް ކުރުމަކީ ވަޒީރުންގެ މަސްއޫލިއްޔަތެވެ. ވަޒީރެއްގެ ގޮތުން ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި، އެ މަސައްކަތްތައް މުރާޖަޢާ ކުރުމާއި، ވިލަރެސް ކުރަން ޖެހޭ މީހާ އެހެން ވާދަވެރިއަކު ޕްރަމޯޓުކޮށް ތިމާ ބައިވެރިވާ ސަރުކާރުގެ ބަަލިފައި ހޯދާދީ ވާދަވެރިޔާއަށް ކަންފަހިކޮށް ދިނުމަކީ އަމިއްލަ ނަފްސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހަރަންކޯރުވުމެވެ. ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުވުމެވެ. 

ކޮންމެ ވަޒީރަކުމެ އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާއި ގުޅޭ ގޮތުން، އޮމާން ކަމާއެކު ކަންތައްތައް ހިންގުމަށް ސަރުކާރާއި ދައުލަތުގެ އެހެން ބާރުތަކާ މެދު ބާއްވާންޖެހޭ ގުޅުންތައް ބާއްވައި އެ ގުޅުންތައް ދެމެހެއްޓުން ވަޒީރުނަށް ގާނޫނު އަސާސީ ލާޒިމު ކުރެއެވެ. ކޮންމެ ވަޒީރަކުމެ އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާއި ގުޅޭ ގޮތުން، އޮމާން ކަމާއެކު ކަންތައްތައް ހިންގުމަށް ގާނޫ އަސާސީ ބުނާއިރު ރައީސުލްޖުމްހޫރިއްޔާގެ ވާދަވެރިއަކަށް މަދަދާއި އެހީތެރިކަން ދިނުމަކީ ކަންކަން އޮމާންކޮށް ގެންދިޔުމަށް އިދިކީލިވުމެވެ.

ޤައުމީ އަދި ބައިނަލްއަޤްވާމީ ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކުރާންޖެހޭ ކަންކަން މުރާޖަޢާކޮށް ވިލަރެސް ކުރުމަކީ ވަޒީރުންނަށް އޮތް ޒިންމާއެވެ. ސިޔާސީ، އިގުތިސާދީ އަދި އިޖްތިމާއީގޮތުން ރައީސާއި ނޭންގާނި ވެގެން ވާދަކުރަން ނިކުންނަ މީހަކާއެކީ އޭނާގެ ގޮތް ކުރިއަށް ނެރެގެން އުޅުމަކީ ގާނޫނު އަސާސީއަށް ގޮންޖެހުމެވެ. 

ޤާނޫނުގެ ވެރިކަން ޙިމާޔަތްކޮށް ކުރިއެރުވުމާއި ، ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ ޢާންމު ފައިދާ ރައްކާތެރި ކުރުމަށް މަސައްކަތް ކުރަން ވެސް ވަޒީރުންނަށް ގާނޫނު އަސާސީ ލާޒިމު ކުރެއެވެ.

ސިޔާސީ ގޮތުން ރައީސާ ވާދަކުރާ ވާދަވެރިއަކަށް މަސައްކަތްކޮށް ދޭ ވަޒީރަކީ ވަޒީރެއް ނޫނެވެ. ވަޒީރުކަމުގެ ގާނޫނީ ސައްހަ ކަމެއް އެނާގެ ކިބައިގާ ނުހުންނާނެއެވެ.

ނަހުލާއާއި ޑރ. ހުސައިނާއި ޑރ. މައުސޫމު ވިޔަސް ތަފާތެއް ނެތެވެ. އެ މީހަކު އަމިއްލައަށް ހުންނަންވީ ތަން ކަނޑައަޅާ ރޮނގު ދަމާލަން ޖެހެއެވެ. މާތް ﷲ ގަންދީ ކުރި ހުވާގެ މަތީގައި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިއެއްގެ ގޮތުގައި ދެމި ހުންނާނީތޯ ވާދަވެރިޔާގެ ފަހަތަށްޖެހި ރައީސާ ވާދަކޮށްލަން ނިކުންނާނީތޯ ނިންމަން ޖެހެއެވެ. ހެނދުނު ބޮޑުދޮނާ ތެދުވެ ޓައީ އަޅައިގެން ނިކުމެ ކެބިނެޓްގައި އިނދެފައި ރަސްމީ ގަނޑި ނިމުމުން ނިކުމެ ވާދަވެރި ކެންޑިޑޭޓް ކޮނޑަށް ލައިގެން ސަރުކާރަށް ފާޑުކިޔާ އިދިކީލި ވަނީތޯ ނިންމަން ޖެހެއެވެ.

އިދިކޮޅަށް ކުޅެން ނިކުންނައިރު ލަދެއް ހަޔާތެއް ހުރިނަމަ ވަޒީރުން އަމިއްލައަށް ވަޒީރު ކަމުން އިސްތިއުފާ ދޭންޖެހެއެވެ. އިސްތިއުފާ ނުދީފި ނަމަ ވަކިވެސް ކުރަން ޖެހެއެވެ. މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ވެސް އެފަދަ މީހުން ކެބިނެޓުން ބޭރު ކުރަން ޖެހެއެވެ. ގާނޫނު އަސާީގެ 115 ވަނަ މާއްދާއިން ބާރު ލިބިގެން ރައީސް އުފައްދަވާފައިވާ ސިޔާސީ މަގާމު ތަކުގައި ތިބި އެންމެންނަށް ވެސް އޮތީ މިހުކުމެވެ. ސިއްޕެއެއް އަލީ ސާލިހެއް ހަނަފީއެއް ސްމިތެއް ޖެނިފާއެއް ކިޔާނެ ކަމެއް ނެތެވެ.

]]>
Mon, 20 Mar 2023 20:04:00 +0500 ހީރަސް
އިންތިއަށް އޮޅުނު ބެދޭމަޅި އާއި ބޮޑުވަޒީރު https://heerasnews.com/1140 https://heerasnews.com/1140 ރައީސް ނަޝީދަށް ނެތް ވެރިކަމެއް އެމްޑީޕީގައި އޮތަނުދިނުމަށް މި ދައުރު ފެށުނީއްސުރެ ރައީސް ނަޝީދު އައީ މަސައްކަތް ކުރައްވަމުންނެވެ. ފުރަތަ ރައީސް ސާލިހަކީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ވެވަޑައިގަންނަވާނެ ކަމަށް ހީކުރެއްވިއެވެ. މުޅި ސަރުކާރު ހިންގާނީ ނަޝީދު ވިދާޅުވާ ގޮތަށް ކަމަށް ހީކުރެއްވިއެވެ. ވެރިކަން ހޯދަން ކޯލިޝަނެއް ހެދިޔަސް ކޯލިޝަން ރޫޅާލާ ނަޝީދުގެ އަތްޕުޅު މައްޗަށް ގައުމު ހިންގުމުގެ ހުރިހާ ބާރެއް ކަހާލެއްވޭނެ ކަމަށް ނަޝީދު ހީކުރެއްވިއެވެ. 

ނަޝީދު ހީކުރެއްވި ގޮތާ ހިލާފަށް ރައީސް ސާލިހު ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވީ ކޯލިޝަން ޕާޓްނަރުން ތަމްސީލުކުރާ ވަޒީރުންގެ މަޖިލީހުގެ ތެރެއިންނެވެ. ވަކި މީހެއްގެ މުށުތެރެއަށް ދައުލަތް ވައްޓާ ނުލައްވައެވެ. އެކަމަކީ ރައިސް ނަޝީދު ހިތްޕުޅާވި ކަމަކަށް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ތެރެއިން ސަރުކާރަށް ލިބެންޖެހޭ އެއްބާރުލުން ދިނުމަށް އެކި ގޮތްގޮތުން ރައީސް ނަޝީދު ހުރަސް އަޅުއްވަން ފެއްޓެވިއެވެ. 

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވާދަކުރުމުގައި ކޯލިޝަން އެއްބަސްވުމާ ހިލާފަށް އެންމެ ދާއިރާއެއް ފިޔަވާ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަ ކުރަން ނިންމި ނިންމުމަކީ ކޯލިޝަން ޕާޓްނަރުނަށް ނަޝީދު ދެއްވި ފުރަތަމަ ކެއްސެވެ. ރައީސް ސާލިހުގެ ވިސްނުންފުޅާ ދެކޮޅަށް އެމްޑީޕީން އެޅި ފުރަތަމަ ފިޔަވަޅެވެ. ވީގޮތެއްވެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ލިބުމުން މަޖިލިސްގެ ރައީސް ކަމަށް ވާދަކުރަން ދެ ފެކްޝަން އުފަންކުރުވާ ދެ ފެކްޝަނުން ދެ މީހުން މެންބަރުންނަށް ދެއްކިއެވެ. ރައީސް ނަޝީދުގެ ތާއީދާއެކު މަޖިލީހުގެ ރައީސް ކަމަށް ވާދަކުރުވީ އައްޑޫ އަސްލަމެވެ. ރައީސް ސާލިހުގެ ތާއިދުގައި ނިކުތީ ހަސަން އަފީފެވެ. އެހެނަސް ހީލަތްތެރި ފިތުނައެއްގެ ތެރެއިން އެމްޑީޕީގެ ފަރާތުން މަޖިލިސްގެ ރައީސް ކަމަށް ވާދަކުރަން ނިންމުވީ ރައީސް ނަޝީދެވެ. ނަޝީދާ ވާދަކުރެއްވީ ޖުމްހޫރީ ލީޑަރ ގާސިމް އިބްރާހީމެވެ. ބިޔަ މެޖޯރިޓީ އޮތް އެމްޑީޕީގެ ވޯޓުން މަޖިލިހުގެ ރައީސް ކަމަށް ނަޝީދު ހޮވީ ގާސިމު ހުތުރު ބައްޔަކުން ބަލިކޮށްފައެވެ.  

މަޖިލިސްގެ ރައީސްކަން ލިބިވަޑައިގަތުމުން ހީފުޅުވީ މުޅި ދައުލަތް ރައީސް ނަޝީދަށް ލިބިވަޑައިގެން ހެންނެވެ. ދަނޑިވަޅު ބައްލަވާ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ނިންމަވާ ލިބި އޮތް ސްޕަރ މެޖޯރިޓީ ބޭނުން ކުރައްވައިގެން ބޮޑު ވަޒީރުކަން ހޯއްދަވާ ވެރިކަން ހިންގުމުގެ ބާރު އަތްޕުޅަށް ފޮރޮޅާލެއްވުމުގެ ކެންޕެއިން ފެއްޓެވިއެވެ. ރައީސުލްޖުމްހޫރިއްޔައަކީ އާރެއް ބާރެއްނެތް ރަމްޒީ މީހަކަށް ހަދާ ރައީސް ސާލިހު ކޯނަރ ކުރެއްވުމަށް ނިންމަވާ އެކަން ތަންފީޒު ކޮށްދެއްވުމަށް ރައީސް ސާލިހުގެ އަރިހުގައި ދެންނެވިއެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވުމަށް ރައީސް ސާލިހު ތަރުހީބު ނުދެއްވުމުން ރަނގަޅަށް ހުޅުފަޅައިގެން ދިޔައެވެ. ސަރުކާރަށް ޒާތްޒާތަށް ފިއްތުންތައް ފިއްތާ މަޖިލީހަކީ ސަރުކާރާ އިދިކޮޅު ބާރު ކަމުގައި ހައްދަވަން ނަޝީދު މަސައްކަތް ފެއްޓެވިއެވެ. ނަޝީދާއި އެއްބައިވެގެން ސަރުކާރަށް މަޖިލީހުން ފިއްތަލެވޭތޯ ނަޝީދު ކުރެއްވި މަސައްކަތް ނާކާމިޔާބު ކޮށްލެއްވީ މަޖިލީހުގައި ތިއްބެވި ހުޝިޔާރު މެންބަރުން ތަކެއްގެ އެއްބާރުލުން ސަރުކާރަށް ދީގެންނެވެ. ރައީސް ނަޝީދުގެ އަމިއްލަފުޅު އެޖެންޑާއަށްވުރެ ޕާޓީއާއި ގައުމީ މަސްލަހަތު އެ މެންބަރުންނަށް މާބޮޑު ވެގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން ރައީސް ނަޝީދު ޖައްސަވާ ހާބެރަކަށް ނައްޓަވަން ލިބި ވަޑައިގަތި 15 ވަރަކަށް މެންބަރުންނެވެ. އާހިރުގައި މަޖިލީހުގެ ކޮންޓްރޯލު ވެސް ރައީސް ނަޝީދަށް ގެއްލިވަޑައިގަތީއެވެ. 

ޕާޓީގެ ގައުމީ މަޖިލިހާއި ސެކެރެޓެރިއޭޓްއާއި ކޮންގްރަސްގެ ތާއީދު ގެއްލި ރިޔާސީ ޕްރައިމަރީ ވެސް ރައީސް ނަޝީދަށް ގެއްލިވަޑައިގަތީއެވެ. ބެދޭމަޅި ނުފެންނަނީ ކާކަށް ކަން އިމްތިޔާޒް ފަހުމީއަށް އޮޅިވަޑައިގަތަސް ބޮޑުސޭޓާއި ބޮޑުކޯލިޝަނާއި ބޮޑުވަޒީރު ރައީސް ސާލިހަށް އޮޅިވަޑައިގެން ނޫޅުއްވައެވެ. 

]]>
Thu, 16 Mar 2023 13:29:25 +0500 ހީރަސް
ގާސިމް ވެރިކަން ހިފައިގެން އެންދެރިމާގެއާ ދިމާއަށް! https://heerasnews.com/1123 https://heerasnews.com/1123 އެކިބޭނުން ތަކަށް މާލެފޭބި ރަށްފުށު މީހުން ކިޔެވި އެއްޗެއް ކިޔަވާ، ނުކިޔެވި މީހުން ކުރިކަމެެއް ކޮށް މުއްސަނދިކަމާއި ބާރުވެރިކަމާއި ނަންހުރި މަޝްހޫރު މީހުންނަށް ވެފައިތިބީ މަދެއްކޮށް ނޫނެވެ. 

ކޮންމެ ގޮތެއް ވިޔަސް އެ މީހަކު ކުޑައިރުއްސުރެ މާލެފައިބާ ހުރިގެއަކީ ލައްކަ ބޮޑު އެއްޗެއް އެގެއަކާމެދު ފަހުންވެސް ހިތުގައި އޮންނަ ގެއެކެވެ. 

ކުޑަދުވަހު އުޅުނީ ބާޒާރުކޮށް މަސްގަނެ ދަރުމާރު ކޮނޑުއަޅައިގެން އެ ގޭގެ ނޯކިރީ އަކަށް ކަމުގައިވިޔަސް ފަހުން ލިބުނު މޮޅެއް ލިބުމުގެ އަސްލު ގޮސް ގުޅެނީ މާލެފޭބި ގެއަށެވެ. 

މާލޭގައި ނަންހުރި ގިނަ ބަޔަކުގެ ނަމުގެ ފަހަތަށް އެމީހާގެ ރަށުގެ ނަންލައިގެން މަޝްހޫރުވެފައި އޮންނަނީ އެއީ އެންމެ ފުރަތަމަ ބީރައްޓެއްސެއް ކަމުގައި ޖެހި ތައްގަނޑާ ހުރެވެސް ތޯއްޗެކެވެ. ކަނޑޫދޫ  ދޮންހުސޭނާއި ވައިކަރަދޫ އަލިކަތީބާއި އިހަވަންދޫ ޝާކިރާއި ދިއްދޫ އިބްރާހީމް ކަލޭފާނެވެ. އޭގެ ކުރިއަށް ކިޔާނަމަ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު މަހުޖަނު ގުޅީ އީސާ ކަލޭފާނެވެ. އެންޑީ އަކީ ނައިފަރު ދޮންކަލޭފާނުގެ ދަރިފަސް ކޮޅެވެ. ޑރ އެންޑީ އަބްދުﷲއާއި އެންޑީ ހަމީދާއި އަޒީއެވެ. 

ޒަމާނަށް ރާއްޖެ ހޭލައިގަތްއިރުގެ އިލްމާއި ހުނަރާއި ތަނަވަސްކަމާއި ވިޔަފާރިއާއި ފަންނުވެރިކަމުގެ އަހުލުވެރިންނެވެ. 

ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަކީ އެންދެރިމާގެއަށް ގުލާނުކޮށްދޭން އުޅުނު މާމިގިލީ ކުއްޖެކެވެ. 

ކާމިނީގެއިން ވަޑައިގެން އެންދެރިމާގޭގައި އާއިލާ ބިނާ ކުރެއްވި ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ބޮޑުބައިގާ ރާއްޖޭގެ އިގްތިސާދާއި ބާރާއި ވިޔަފާރީގެ މުގުލުގައި ހުންނެވީ މައުމޫންގެ ޅިޔަނު އިލްޔާސް އިބްރާހީމެވެ. އެއީ ގާސިމް އިބްރާހީމް ރާއްޖޭގެ ބޮޑު ސޭޓް ކަމަށް ނަންއުފުުލުނު މުއްދަތެވެ.

ސިޔާސީ ބާރުވެރިކަން ކާމިނީގެއަށް ބުރަވަނީ އަބްދުﷲ ހަމީދާއި އަބްދުﷲ ޔާމީންގެ ބާރުގަދަވި ވަގުތު ތަކުގައެވެ. ގާސިމްގެ ތަނަވަސްކަން ނިސްބަތް ވަނީ އެންދެރިމާގެއަށް ކަމުގައި ދެކި ކާމިނީގޭ ބޭފުޅުންގެ ހިތްހަލާލު ލިބުމަކީ ގާސިމަށް ވަރަށް ނާދިރު ކަމެކެވެ. 

އެމްޑީޕީ ބަލިކުރެވޭނެ އެހެން ގޮތެއްނެތި ކޯޓާ ހަމައިން 2013 ގައި ޔާމީނު ވެރިކަމަށް ގެނައުމަށް ހުރިހާ ހަސަދަ އެއް ފަރާތްކޮށް ކޯލިޝަނެއް ހަދައިގެން ޔާމީނަށް 2013ގެ ވެރިކަން ހޯދައިދިނެވެ. ތުއްތޮންބެ އަތުން ޕާޓީ ދަމައިގަނެ، ގާސިމާއި މައުމޫނުގެ ނަގުލުގައި ފަތްގަނޑެއްލާ ހޫރާލަން ޔާމީނަށް ވީލަހެއްވީ ވަތުގައި ފައިހަރުލާން ވީ ލަހެކެވެ.

ޖަލުތަކުންނާއި އައިސީޔޫއާއި ހަމައިން ޖާނައިގެން ބެޗުނީ ކިރިޔާއެވެ. ރައީސް އިބްރާހީމް މުހަންމަދު ސާލިހާ ބައިއަތު ހިފާ 2018ގައި ޔާމީނުގެ ވެރިކަން ނިންމިއެވެ.

ކުރިން ނުދެކޭ ހަމަޖެހުމާއި ކެތްތެރިކަމާއި ދޫދިނުމާއި މަޝްވަރާގެ ތެރޭން ރިޔާސީ ދައުރެއް މި ނިމެނީ އަދިކިރިޔާއެވެ. 

ކޮވިޑްގެ ބަލިމަޑުމަޑުކަމާ އެކު ރައީސް އިބޫގެ އިސްތަށިފުޅަށް ގައުމު ޖަހާފައި ހުރިހާ ގޮލަގޮލާ އަރާ އެއްފަރާތްވެ ގެއްލުނީއެވެ. އެ ދައްޗާ އެކު ގޮސް ސަލާމަތުގެ އައްސޭރި ފެންނަން ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ދުވަހަކު ނުކުރާ އިންވެސްޓް ސަރުކާރުން ކޮށްފިއެވެ. 

މިހިސާބަށް އާދެވުނު އިރު ރިޔާސީ އިންތިހާބް ނަގާބޯމަތިވާން ފެށުމާއެކު ޖުމްހޫރީޕާޓީއާއި މައުމޫންގެ އެމްއާރުއެމާއި އިލްޔާސް އިބްރާހީމްގެ ވާހަކަތައް  ފުއްކުދިވެ، ބައްދަލުވުންތައް ސިއްރުވެ ވައިއަޑުން އަޑުތައް މިކިޔަނީ އަނެއްކާ އެންދެރިމާގޭ ވެރިކަމެއް ހޯދަން ގާސިމް ނުކުންނަ ކަމަށެވެ. 

އުމުރުގެ ގޮތުން މިފަހަރު މީ ގާސިމް ވެރިކަމަށް ނުކުމެވޭނެ ފަހު އަހަރު ކަމަށް ބެލެވޭތީ ގާސިމް ވަކިން ނުނުކުންނާނެ ކަމަށް ބެލުން ހެޔޮ ނުވާނެއެވެ. މައުމޫންގެ ބޭފުޅަކަށް ނައިބު ކިޔާފައިވެސް ރައީސް ކަމުގެ ކެންޑިޑޭޓަކަށް އެންމެ ހިތް ރުހެވޭނެ މީހަކީ ގާސިމެވެ. ރައީސް އިބްރާހީމް މުހައްމަދު  ސާލިހާ  އޮތް ދެކޮޅުވެރިކަމުގައި ހުޅުން ނެއްޓެންދެން އެންދެރިމާގެއަށް ވެރިކަން ހޯދައިދޭން ރައީސް ނަޝީދު ކޮނޑުވިއްދިއްޔާ މި ފަހަރު ވިއްދާނީ އެތަނުގައެވެ. ގަބޫލު ކުރާ ހަމައާއި  އުސޫލާއި ޕާޓީގެ އަސާސް ތަކަކީ މިހާރު ރައީސް ނަޝީދަށް އޮތް އެއްޗެއް ނޫނެވެ. ރައީސް ނަޝީދަށް ޔާމީނު އޯކޭ ވިޔަސް އެންދެރިމާގެ އަކަށް ޔާމީނު އޯކޭ އެއް ނޫނެވެ.  

އެންމެ ކުޑަވެގެން ނައިބު ރައީސްކަން ނޫން އެއްޗެއް ކާނަލް ނާޒިމް ބޭނުމެއް ނުވެއެވެ. ޖުމްހޫރީ ޕާޓީ ފެލާލަން އުޅުނު ހިސާބުން ގާސިމާ ނާޒިމް އެއްގަލަކަށް  އެރޭކަށް ނެތެވެ.

ކަމުވޮށި ކަމަށް ދެކިއުޅޭ މާލޭގެ މަދު ނަމަވެސް ބަޔަކަށް ހިންނަވަރު މީހަކު ވެރިކަމުގައި ހުރުން ހިތަކަށް ކެތެއް ނުވެއެވެ.

]]>
Fri, 10 Mar 2023 14:53:01 +0500 ހީރަސް
ރައީސާ ވާދަ ކުރެވޭވަރު ސިޔާސަތެއް އިދިކޮޅުގައިނެތް: ޝާހިދު https://heerasnews.com/1101 https://heerasnews.com/1101

އޮނަރަބަލް އަބްދުﷲ ޝާހިދު ވިދާޅުވާ ގޮތުގައި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެއެވެ. އެ މަނިކުފާނު ވިދާޅުވަނީ ރައީސް ސާލިހާ ވާދަ ކުރެވޭ ވަރުގެ ސިޔާސަތެއް އިދިކޮޅުގައި ނެތްކަމަށެވެ. އިންޑިއާގެ  ނޫސް އެޖެންސީއަކަށް ދެއްވި އިންޓަވިއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ވިދާޅުވީ ހަމަ ވަރަށް ބޮޑު ތެދުފުޅެކެވެ. 

މި އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުތަކާއި ދިވެހިންނަށް ކޮށްދެއްވި ކަންކަމުގެ ސަބަބުން އެ މަނިކުފާނަށް އޮތް ތާއީދު ވަރަށް ބޮޑުކަމަށް ޝަހިދު ދެކިވަޑައި ގަންނަވައެވެ. އެވާހަކަ ފުޅަށް ބާރުދެއްވަމުން އިންޓަވިއުގައި ޝާހިދު ވިދާޅުވި ގޮތުގައި މިދިޔަ ހަތަރު އަހަރު ޝަރުއީ ކޯޓުތަކަށް ދިވެހި ދައުލަތުގެ އިސްވެރިން ބާރެއް ނުފޯރުވައެވެ. ހަމަ އެހެންމެ މި ސަރުކާރުން ޑިމޮކްރެޓިކް ގަވަނަންސަކަށް ބޭނުންވާ ފުރިހަމަ ބިންގާ މިދިޔަ ދުވަސްތަކުގައި އަޅާފައި ކަމަށް ޝާހިދު ވިދާޅުވެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން އިންތިހާބަށް އަސަރު ކޮށްފާނެތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި ޝާހިދު ވިދާޅުވީ އިންޑިއާ އައުޓް ސްލޯގަން ހަދައިގެން އުޅެނީ އިދިކޮޅުން ރައްޔިތުންނަށް ދައްކާނެ ވަރުގަދަ ސިޔާސަތެއް ނެތުމުން ކަމަށެވެ. އިދިކޮޅަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ނަފްރަތު އުފެއްދުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

]]>
Sat, 04 Mar 2023 14:03:04 +0500 ހީރަސް
ބަޅުރުއް ބަޅީ ބަޅުވީމަ! https://heerasnews.com/1093 https://heerasnews.com/1093

ބަޔަކު ދުނިޔެ ރަންވެގެން އުޅުނަސް އެންމެނަކު އުޅެނީ ދުނިޔެ ރަންވެގެނެއް ނޫނެވެ. ސިޔާސީ ގޮތުން މަޝްހޫރުކަން ހޯދަން ބައެއް މީހުންކުރާ ބައެއްކަންކަމުން އެބައެއްގެ ގަމާރުކަންނޫން ކަމެއް ހާމައެއް ނުވެއެވެ. ތިމާމެންގެ ތަންދޮރު ނުދަންނަކަން ނޫން ކަމެއް ފާޅެއް ނުވެއެވެ.

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ޅ. ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުހައްމަދު ސާލިހު ނޫން މީހެއް ނޫނެވެ. އެކަމަށް ޝައްކު އުފައްދާނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތެވެ. ގާނޫނު އަސާސީ ބަޔާންކުރާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތައް ވަގުތީ ގޮތުން މީހަކާ ހަވާލު ކުރުމަކީ މަގާމުން ދާއިމީ ވަކިވުމަކުން ވަކިވީ ކަމަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މަގާމުގެ ވާޖިބުތަކާއި ޒިންމާތަކާ އަނބުރާ ހަވާލު ނުވެވޭނެ އެއްވެސް ހަމައެއް ވެސް ނޯންނާނެއެވެ.

ރައީސް ސާލިހު އެހުންނެވީ 17 ނޮވެންބަރ 2018 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރިފުޅުމަތީގައި އުއްތަމަފަނޑިޔާރު ލައިދެއްވި ގާނޫނީ ހުވާކުރައްވައިގެންނެވެ. އެ ހުވާގެ މުއްދަތު ހަމަވާނީ  2023 ގެ ނޮވެންބަރ މަހުގެ 11 އަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރުގެ ތެރޭގައި ރައީސް ކަމުގެ މަގާމު ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ބުނެފައި އެބައޮތެވެ. މަރުވުމާއި އިސްތިއުފާ ދިނުމާއި އަޒުލް (އިންޕީޗް) ކުރުމެވެ.

ރައީސް ސާލިހު އަދި މަރެއްނުވެއެވެ. މަގާމުން އިސްތިއުފާއެއް ވެސް ނުދެއްވައެވެ. އެއްވެސް ސަބަބަކާހުރެ އަދި އަޒަލެއް ވެސް ނުކުރެއެވެ. އެހެން ކަމުން ރައީސް ސާލިހު 5 އަހަރުގެ ދައުރު ނިމެންދެން  މަގާމުގައި ދެމިހުންނެވުމުގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލެއް ނުއުފެދެއެވެ. އުފައްދާނެ ޖާގައެއްވެސް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވާ ހާލަތުގައި ކަންކުރާނެ ގޮތް ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި އެއޮތީއެވެ. އެފަދަ ހާލަތެއް 25 ފެބްރުއަރީ 2022ގައި ރައީސް ސާލިހަށް ކުރިމަތިވެ ވަޑައިގަތުމުން ކަންކުރެއްވީ އެ މާއްދާގައި ބުނާ ގޮތަށެވެ. ކުރިމަތިވެ ވަޑައިގެން ހާލަތުން އަރައިގަތުމުން އަނބުރާ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ވެސް އެމާއްދާ ބުނާ ގޮތަށެވެ.

ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ) ބުނަނީ :-

" ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރި ވެއްޖެކަމަށް ޤަބޫލު ކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ."   

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރި ވެއްޖެ ކަމަށް ގަބޫލު ކުރެއްވުނު ހިނދު ސަބަބު ބަޔާން ކުރައްވާ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލު ކުރެއްވިއެވެ. އެހާލަތުން އަރައިގަނެވުމުން ރައީސް ސާލިހު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އަލުން ހަވާލުވެ ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގަތީވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ގޮތަށެވެ. ވަގުތީގޮތުން ރައީސްގެ ޒިންމަތަކާއި ވާޖިބުތަކާ ހަވާލުވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވީ ވެސް ގާނޫނު އަސާސީގެ 126 ވަނަ މާއްދާ ބުނާގޮތަށެވެ. ގާނޫނު އަސާސީގެ 126 ބުނަނީ "ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެމަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާ ކޮންމެ މީހަކުމެ، މަޤާމާ ޙަވާލުވުމުގެކުރީން އުއްތަމަފަނޑިޔާރުގެ ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރި މަތީގައި މި ޤާނޫނުއަސާސީ ގެޖަދުވަލު 1ގައި ވާ އެމީހެއްގެ މަޤާމުގެ ހުވައި ކޮށް އެ ހުވައި ގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ."

ރައީސް ސާލިހަށް ކުރިމަތިވެ ވަޑައިގެން ވަގުތީ ހާލަތާއި ގުޅިގެން ނައިބު ފައިސަލް ނަސީމް، ރައީސް ކަމުގެ މަގާމާ ވަގުތީގޮތުން ހަވާލުވެ ވަޑައިގަތީވެސް ގާނޫނާއި އެއްގޮތަށެވެ. ވަގުތީ ގޮތުން ރައީސް ކަމުގެ ގާނޫނީ ހުވާ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލިސްގެ ރައީސް ކުރިފުޅުމަތީގައި ކުރައްވައިގެނެވެ. ވަގުތީގޮތުން ހަވާލުވެ ވަޑައިގެން މަގާމްގެ ހުވާ ކުރެއްވީ ވެސް ގާނޫނާއި އެއްގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެގެން ނައިބު ރައީސް، ރައީސްކަމާ ހަވާލުވުމާ ވަގުތީ ގޮތުން ރައީސްގެ ވާޖިބުތަކާ ޒިންމާތަކާ ނައިބު ހަވާލުވުމަކީ މުޅިން ތަފާތު ދެކަމެވެ. ރައީސްކަމުގައި ހުރި މީހެއްގެ މަގާމުގެ ގާނޫނީ ސައްހަކަމާ މެދު ކުޑަވެސް ޝައްކުކަމެއް އޮތްނަމަ ރައްޔިތުންގެ މަޖިލީހާއި ސްޕްރީމްކޯޓު ހިމޭނަކުން ނުއޮންނާނެއެވެ. ސްމޯޓޯކޮށް ވިޔަސް އެ މަގާމުގެ ސައްހަކަމާމެދު ސްޕްރީމް ކޯޓުން ގޮތް ނިންމާނެތާ ކިތަންމެ ދުވަހެކެވެ.

ބަޅުރުކު ކުދިންނަށް ޔާމީނު ނޫނީ ލެޖިޓިމޭޓް ރައީސަކު ނުހުންނާނެއެވެ. ޔާމީނާ ދެކޮޅަށް ކޯޓަކުން ކުރާ ހުކުން ވެސް ހަރާންވާނެއެވެ. ހަމަތެދެކެވެ. ބަޅުރުއް ބަޅީ ބަޅުވީމައެވެ.

]]>
Thu, 02 Mar 2023 13:21:15 +0500 ހީރަސް
ހިންގުމުގާ ޖޭޕީ ބައިވެރިކުރާކަމަށް ވާނީ ކިހާވަރެއްވީމަ! https://heerasnews.com/1076 https://heerasnews.com/1076 ކޮންމެ ބަޔަކު ޖުމްހޫރީ ޕާޓީއާ އެކު ވެރިކަމަށް އައިސް ވެރިކަން ހިންގުމުގައި ޖުމްހޫރީ ޕާޓީ ބައިވެރި ނުކުރާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވީމާ ހައިރާނެއް ނުވެއެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނު ހެއްދެވީ އެހެންނެވެ. އެކަމަކު ކޮންމެ ބަޔެކޭ ވިދާޅުވެ ރައީސް ސާލިހަށް އެބަސް ރައްދު ކުރެއްވީމާ ގާސިމްގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފެދެއެވެ. 

އެހެން ވިދާޅުވުމުން ގާސިމަކީ ވެސް ހަނދުމަފުޅު ބަލި އަމިއްލަ ހައިބަތު ބޮޑު ކުރައްވަން އުޅުއްވާ ބޭފުޅެއް ކަމަށް ބުނެވިދާނެއެވެ. ރައީސް ސާލިހު ސަރުކާރު ހިންގުމުގައި ޖުމްހޫރީ ޕާޓީއަށް ނުލިބުނު މޮޅެއް އެމްޑީޕީއަށް ވެސް ލިބިފައެއް ނެތެވެ. ނައިބު ރައީސް ކަމުން ފެށިގެން ކެބިނެޓްގެ ބާރުގަދަ ވުޒާރާ ތަކުން ފެށިގެން ބޮޑެތި ކުންފުނި ތަކުގެ އެމްޑީކަމާއި ސިޔާސީ އެތައް މަގާމެއް ޖުމްހޫރީ ޕާޓީއަށް އެބަ އޮތެވެ. އެމްޑީޕީގެ މައިގަނޑު ޝަކުވާއަކަށް ވީވެސް ޖުމްހޫރީ ޕާޓީ ހައްދެއް ނެތް މިންވަރަށް ސަރުކާރުގައި ބައިވެރިކުރުމެވެ. ރައީސް ސާލިހު ސަރުކާރުގެ އެންމެ ހިންގުންތެރި މިނިސްޓަރުންނާއި އެމްޑީންނާއި އެ ނޫން ސިޔާސީ މީހުންނަކީ ޖުމްހޫރީ ޕާޓީގެ މެންބަރުންނޭ ގާސިމް ވިދާޅުވީ ސަރުކާރުގައި ޖުމްހޫރީ ބައިވެރި ނުކުރާތީ ހެއްޔެވެ. 

ގަބޫލުކުރައްވާށެވެ. ރައީސް ސާލިހުގެ ސަރުކާރަށް އެންމެ ގިނަ ފާޑުކިޔުމާ ބަދުނާމުތައް އަމާޒުވީ ޖުމްހޫރީ ޕާޓީގެ ސަބަބުންނޭ ބުނުން ކުށަކަށް ނުވާނެއެވެ. ހައްގުގޮތުގައި ލިބުނު ނަމަވެސް އަދަލުވެރި ބަދަލު އެންމެ ބޮޑަށް ލިބި ވަޑައިގަތީ ވެސް ޖުމްހޫރީ ލީޑަރަށެވެ. އެކަން ކަމުގައި ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުއްޓެވެ. 

ރައީސް ސާލިހު ސަރުކާރަށް އެންމެ ބޮޑު ބަދުނާމެއް ލިބުނު ވެންޓީލޭޓަރ މައްސަލައާއި ޖުމްހޫރީ ޕާޓީއާއި ގުޅުން ބޮޑެވެ. ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ވެންޓިލޭޓަރ މައްސަލަ ގުޅިފައި އޮތީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގެން ހެލްތު މިނިސްޓަރާއެވެ. ވެންޓިލޭޓަރ ގަތުމަށް ނިންމި ނިންމުން ވަޒަންކުރި ކޮމެޓީގެ މެޖޯރިޓީއަކީ ޖޭޕީގެ ސްލޮޓްގައި ތިއްބެވި އެކިފެން ވަރުގެ ސިޔާސީ ވެރިންނެވެ.

ރައީސް ސާލިހުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ނިސްބަތްވެ ވަޑައިގަންނަ ވަނީ ވެސް ޖޭޕީއަށެވެ. އެ ބޭފުޅާގެ އަމަލުފުޅުތައް ހުރި ގޮތުން ސަރުކާރުގައި ހުތުރު ލައްގަޑެއް ޖެހި ސަރުކާރު ހޫނު ފެނަށް ވެއްޓުނެވެ. ސަރުކާރަކުން ކުރިމަތި ލާން ނުޖެހޭ އެތައް މައްސަލަ ތަކަކާ ޖޭޕީގެ ސަބަބުން ރައީސް ސާލިހުގެ ސަރުކާރަށް ކުރިމަތިލާން ޖެހުނެވެ. އެކަމަކު ގާސިމް އެވިދާޅުވަނީ ސަރުކަރު ހިންގުމުގައި ޖޭޕީ ބައިވެރި ނުކުރާ ވާހަކައެވެ.

ޖުމްހޫރީ ޕާޓީން ސީދާ ވެރިކަމަށް ނާދެވި، ތަސައްވަރުތައް އޮޅާލަން ޖެހެނީ އެއްބުރުން ވެރިކަމަށް ނާދެވޭތާ ދެވަނަ ބުރަށްދާ ވަރަށް ވެސް ރައްޔިތުންގެ ރުހުން ނެތީމައެވެ. އެއްޔަކީ ޕީޕީއެމާއި އެމްޑީޕީގެ މައްސަލައެއް ނޫނެވެ. ކޮންމެ ފަހަރު ޖުމްހޫރީ ޕާޓީން ގަދަވާ ކޮޅަށް އަރަނީ ކިންގ މޭކަރ ހެދޭށެވެ. ބޯކިބަލުން ބޮޑުފޮތިކާށެވެ. 

މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ޖޭޕީ ބައިވެރި ކުރުމަށް ރައީސް ސޯލިހު ކުރެއްވި މަސައްކަތްޕުޅު ގާސިމް ހަނދުމަފުޅެއް މިހާރަކު ނެތެވެ. ކޯލިޝަން ޕާޓްނަރުންނަށް ސަރުކާރުގައި ހިއްސާވާ މިންވަރަށް އިންތިހާބުތަކުން ޖާގަ ނުދެއްވީ ރައީސް ސާލިހެއް ނޫނެވެ. އެކަން އެގޮތަށް ވިޔަނުދިން މީހަކީ ރައީސް ނަޝީދެވެ. ހައްދެއް ނެތް މިންވަރަށް ރައީސް ނަޝީދަށް މިއަދު ގާސިމް ތައުރީފް ކުރެއްވިޔަސް ތާރީހު ބަދަލެއް ނުވާނެއެވެ. ކާކުކުރީ ކީއްކަން ވަރަށް ސާފެވެ. ގާސިމް މޮޔަފުޅުވެ ވަޑައިގަތަސް އެންމެނަކު މޮޔައެއް ނުވެއެވެ.

]]>
Fri, 24 Feb 2023 21:45:54 +0500 ހީރަސް
ސޭޓުގެ ވަތްގަނޑާ ދައުލަތުގެ މާލިއްޔާ މިފަހަރަކު ނުގުޅޭނެތަ! https://heerasnews.com/1075 https://heerasnews.com/1075 އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން އުންމީދުވާރަކު ވަނީ ކަނޑައަޅާފައެވެ. އެ އުންމީދުވާރަށް އިންތިހާބު ކާމިޔާބުކޮށް ދޭން މަސައްކަތް ކުރުމާއި އެ އުންމީދުވާރަށް ވޯޓު ދިނުމަކީ އެމްޑީޕީގެ ކޮންމެ މެންބަރަކަށް ލާޒިމު ކަމެކެވެ. ޕީޓީގެ ރައީސްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ވެސް އެއީއެވެ.

އެހެނެއް ކަމަކު އެމްޑީޕީގެ ރައީސް މި ފަހަރަކު މި އުޅުއްވަނީ ދިމާ އިދިކޮޅަށެވެ. މައުމޫނަށްވުރެ މައުމޫނެވެ. ބޮޑު ތިން ބަލިން ބަލިވީމާ ވެސް މަވެތިކަމުގައި ހޭކެނޑިފައެވެ. ސޮހޭސޮރުގެ ހާލު އަމިއްލަ ޕާޓިން ޖެހުނީމާވެސް ހެޔެއް ނޭރިއެވެ. 

އެމްޑީޕީގެ ރައީސް އެމްޑީޕީ ނޫން ޕާޓީއަކުން އުންމީދުވާރަކު ނެރުވައިގެން އެމީހަކަށް ވެރިކަން ހޯދަދޭން އެހުރީ އެއްރޮއްޖަށް ފޫގަޅައިގެނެވެ. ޔާމީނު ވެރިކަމުގައި ވީމޮޅައިގެން ނިކުމެ ޖުމްހޫރީގެ ނިވާ ފަތްގަނޑު ދަށަށް ވަދެ ތިބި ކުދިންކޮޅު ހިސޯރުކުޅަ ކައުންސިލަކުން ލީޑަރަށް ދައްކާ ހުވަފެނުގައި އެމްޑީޕީ ރައީސް ކުލަޖައްސާ ދޭން އުޅެގަތީމާ ދުރުތިބީން ކުރަނީ މަލާމާތެވެ.   

މާމިގިލީ ގޮނޑުދޮށުގައި މުންޑުބުރި އަނދެގެން ކަކުނިކޮނަން އޮއްވާ ދޮންމަނިކުގޯތި ބަދިގެއަށް ގެނައި ބޯނެއް ބުރުމަލަކަށް މިއަދަކު ނުވެއެވެ. ބޮޑު ސޭޓުގެ ވަތްގަނޑާ ދައުލަތުގެ މާލިއްޔާ ގުޅާލެވޭ ކަމަކަށް އަމްދަކުން މިއަދަކު ނުވެއެވެ. އެރަށާ މިރަށާ އެއޮތް ރަށް ހޯދައިގެން ސޭޓުގެ އަންބޮޑި ބޮޑުކުރަން އުޅޭކަމަކަށް ވެސް މިހާރަކު ނުވެއެވެ. ވިލާ މޯލްޑިވްސްއަށް ރާއްޖެ ބަދަލުވާ ކަމަކަށް ވެސް ނުވެއެވެ. ފަސްޓް ލޭޑީއަކީ ކާކުކަން ވަކިކުރަން ނޭނގިގެން އުޅެން ޖެހޭނެ ކަމަކަށްވެސް މިހާރަކު ނުވެއެވެ. ދައުލަތުން ހައްގު ނޫން ބަދަލުތަކެއް ހޯދައިގެން ކޯލިޝަން މެދުވެރިކޮށް ދައުލަތް ލޫޓުވާ ކަމަށް ބުނާ މީހާ ވެރިކަމަށް ގެންނަން މިހާރު ނަޝީދަށް ނިކަން ރަނގަޅެވެ. ކުރިންވެސް އެތައް ފަހަރަކު އެކިބުރުމަތިން ގާސިމާ ދިމާލަށް ނުގޮވާ ކުނިފުޅައެއް ނަޝީދު ނެތެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ގާސިމް އިބްރާހީމްމެން ބައިވެރިކޮށްގެން އެންމެ އިރިއިރިލެވީ ވެސް ނަޝީދެވެ. އެކަމަކު ޖުމްހޫރީ ޕާޓީގެ ލީޑަރަކީ މިއަދު އެމްޑީޕީގެ ރައީސަށް ރަނެއް މަލަކަށް ވެއްޖެއެވެ. 

ޕާޓީގެ ރިޔާސީ ޓިކެޓް ނުލިބުމުން ޕާޓީއަށް ވެރިކަން އޮންނަން ވެސް ނަޝީދު ބޭނުމެއް ނޫނެވެ. ގާސިމް އިބްރާހީމް ނެރުވައިގެން ގާސިމަށް ވެރިކަން ލިބި ނަޝީދު ނޭދޭ ކުޑަވެސް ކަމެއް ވެއްޖެނަމަ އެފަކީރަށް ނަޝީދު ފަހުން ކޮށްލާނެ ވަރު ހިތަށް އަރައެވެ. ކޭކަލަޔާ ބުއިކަލަ ގޮވާ ވެރިކަމަކީ އޭނާ ދިން އެއްޗަކަށް ހަދާނެއެވެ. އިރާދަ ކުރެއްވި އަލަކަށް އިރާދަ ކުރެއްވުމުން މިންވަރު ކުރެއްވި ކަމަކަށްވެސް ނުވަނެއެވެ. ވެރިކަމުގައި އަމިއްލަ ހިޔަންޏަކަށް ނުވާނޭ ބުނި ޒަމާންވީ މިތުރަށް ދޫދިނުމެއް ކުލުނެއް ނެތްއިރު ގާސިމަށް ޖައްސާނީ ކޮންހާލެއް ހެއްޔެވެ.

ބާރަށް ގާސިމާ ބަގުޑި ބައްދަން ޖަހާ ހިސާބު އަދި ފެންނަނީ އަތަށް ގޮވާތަނެވެ. ހުކުމުގެ މަންނަ އޮތީ އިބޫ އަތުގައެވެ. ތިޔަ ކުޅޭކުޅީގައި ހުކުން ބުނި ފަންސަވީހެއް ނުލިބެނީސް ސަލާމަތް ވާނެއެކޭ ހަމަ ހިޔެއް ނުވެއެވެ. މަނާ މަންތިރިވެ ބޮނދު ބުޑަށް ސައި ކީއިރު ވެސް ނޭނގުނު ނޫންހެއްޔެވެ.

]]>
Thu, 23 Feb 2023 22:36:15 +0500 ހީރަސް
ރައްޔިތުން އެދުނުގޮތަށް އިބޫ ކުރާ ހެޔޮވެރިކަން https://heerasnews.com/1054 https://heerasnews.com/1054 ކަނު މީހުންނަކަށް ތަންތަނެއް ތަންތަނެއް ނުފެންނާނެއެވެ. ބީރު މީހުންނަކަށް އަޑެއް ނީވޭނެއެވެ. މަންމަނުންނަށް ބަހެއް ނުބުނެވޭނެއެވެ. ހިއްސުކެނޑުނީމާ އިހުށަސެއް ނުވާނެއެވެ. އަބަދުވެސް ދިވެހިންގެ ގިނަ ބަޔަކަށް ނަގައިގެން ކަތީބު މޮޅުވާނެއެވެ. އޮންނަގޮތެއް ކަމަކު ނުދާނެއެވެ. ކަންބޯނެ އެކައްޗެއް ނެތްއިރުވެސް ބަނީ އިސްރާޅު ބާގާ މީހުންނަށް މަންނާއި ސަލްވާވެސް ކަމަކު ނުދިޔައެވެ. ބަހަނާއާއި ޝަކުވާ ކުރުމުގައި ބަނީ އިސްރާއީލުންގެ ގެރި ކަތިލުން މިސާލަކަށް ފުދެއެވެ.

ދިވެހި ރައްޔިތުންނާއި އެމްޑީޕީ މެންބަރުން ރައީސް ސާލިހުގެ އަރިހުން އެދުނީ ޔާމީނާ އޭނާގެ ކޮރަޕްޓް އައުވާނުން ގާތްނުކޮށް ހެޔޮވެރިކަމެއް ކޮށްދޭށެވެ. ތަފާތު ނުކޮށް ކޮންމެ މީހަކަށްމެ އަސާސީ ހިދުމަތް ހޯދަދޭށެވެ. ޖަޒީރާވަންތަ ފާގަތި ދިރިއުޅުމެއް ހޯދުމުގެ ފުރުސަތު ހޯދަދޭށެވެ. އަނިޔާވެރި ގޮތުގައި ހިފާހައްޔަރުކުރިހާ ސިޔާސީވެރިން މިނިވަންކޮށް އެ މީހުން ބައިވެރިކޮށްގެން ސަރުކާރު ހިންގާދޭށެވެ. ގޮތްނޭގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދާދިނުމަށް މަސައްކަތްކުރުމަށެވެ. ދައުލަތުން ދަވާލުމުގައި އުޅުނު އެންމެންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގާ ދައުލަތުން ގެއްލުނު ފައިސާ ހޯދާދިނުމަށް މަސައްކަތް ކުރުމަށެވެ. ދައުލަތުގެ ނަމުގައި މީސްމީހުނަށް ދީފާވާ ގެއްލުންތަކަށް އަދުލުވެރި ބަދަލު ހޯދާދިނުމަށެވެ.

އިންސާފުގެ ތަރާދުން އެކަންކަމާ މެދު ކިރާލައްވާށެވެ. ކުރިކަމަކާ ނުކުރާ ކަމެއް އެގެން އެ އޮތީއެވެ. ނުކުރެވި އޮތްކަމެއް ނުކުރެވި އޮތީ ކީއްވެކަމާ މެދު ވެސް އިންސާފުގެ ލޮލަކުން ބަލާލައިލުން ރަނގަޅެވެ. ވަކިވަކިން ކަންކަމަށް ޖުމްލަކޮށް ނަޒަރު ހިންގާލާށެވެ. ހަގީގަތް ސާފުކޮށް އެއޮތީ ހާމަޔަށް ފެންނާށެވެ.

ރައްޔިތުން އެދުނު ގޮތަށް ސަރުކާރު ހިންގުމުގައި ޔާމީނާ އޭނާގެ ކޮރަޕްޓް އައުވާނުން ގާތެއް ނުކުރައްވައެވެ. އަނިޔާވެރި ގޮތުގައި ހިފާހައްޔަރު ކުރިހާ ސިޔާސީވެރިން މިނިވަންކުރައްވާ ސަރުކާރު ހިންގެވުމުގައި އެ މީހުން ބައިވެރި ކުރެއްވިއެވެ.

ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ދެއްވުމުގައި ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާ އެރަށަކާ އެކަށޭނަ މިންވަރަށް ސާފު ބޯފެނާއި ނަރުދަމާއާއި ބަނދަރާއި ކަރަންޓާއި ސިއްހީ ހިދުމަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގުތައް ހެދުމާއި ސްކޫލު މަދަރުސާއާއި ކުޅޭ ބިންތައް ސަތޭކަ އެތައް ރަށެއްގައި ތަރައްގީ ކުރައްވައިފިއެވެ. އަސާސީ ހިދުމަތް ގާއިމު ކުރުމުގެ ބޮޑު މަސްރޫއު ތަކެއް ނުހިނގާ އެންމެ ރަށެއް ވެސް ނެތެވެ.

ހިޔާވަހި ކަމުގެ ބިޔަ މަސްރޫއެއް މާލެ ސަރަހައްދުގައި ބާރަށް ކުރިއަށް އެބަދެއެވެ. އެތައް ރަށެއްގައި ފްލެޓްއަޅާ ގޯތި ދިނުން އެހެރީ ހިނގަ ހިގައެވެ. މާލޭގެ ތޮއްޖެހުން ނައްތާލުމަށް ތިންހާހަށް ވުރެ ގިނަ ގޯތި ދިނުމުގެ ފަހުގެ ތައްޔާރީތައް އެ ހުރީ ވެނިމިފައެވެ. މާލެ ސަރަހައްދަށް ޕިކްނިކް އައިލެންޑެއް އެއޮތީ ވުޖޫދުކޮށްފައެވެ. ބައިނަލް އަގްވާމީ ފެންވަރުގެ ދުވާ ޓްރެކަކާއި އެތައް ގިނަގުނަ ހަށިހެޔޮ ކުރުމުގެ ވަސީލަތްތައް މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި އެއޮތީ ގާއިމުކޮށްފައެވެ. 

ކަންކަން ފަހުމްވާނީ ތެދު ނިޔަތުގައި ޝުކުވެރި ވާނަމަތާއެވެ. މި ސިލްސިލާގެ މިބައިގާ މަތިމަތިން ބަލައި މިލެވުނީ ދާދި ކުޑަ މިންވަރަކަށް ޖުމްލަ ގޮތެއްގައެވެ.  

]]>
Sat, 18 Feb 2023 13:08:36 +0500 ހީރަސް
ރައީސް ކުރިއަށް ވަޑައިގަތީ އެމްޑީޕީން ނިންމި ގޮތަށް https://heerasnews.com/1052 https://heerasnews.com/1052 ހިޔާލު ތަފާތުވުން ހުރިނަމަވެސް ހިޔާލުތަފާތުވުންތައް އެކަހެރިކޮށް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމަށް އެންމެން އެއްވާންވީ ވަގުތަކީ މިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ހާލިހު އެމްޑީޕީގެ ރިޔާސީ ޓިކެޓާ ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް އެދިވަޑައިގަތީ އެކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ދައްކުވައިދިނީ އެޕާޓީއަކީ ޑިމޮކްރަސީއަށް ފައްކާވެފައި އޮތް ޕާޓިއެއް ކަން ކަމަށެވެ. އެ ޕްރައިމަރީން ދައްކުވައިދިނީ އެމްޑީޕީއަކީ ހިޔާލު ތަފާތުވުން ތަކަށް ޖާގަ އޮތް ޕާޓީއެއްކަމަށެވެ. ހިޔާލު އެއްގޮތްކުރުމަށް ހިޔާލު ތަފާތު ވުމަކީ އެމްޑީޕީގެ އެމްޑީޕީ ވަންތަކަމެވެ.

އެމްޑީޕީގެ މެންބަރުންގެ މަގުސަދާއި ބޭނުން ވަރަށް ސާފުކަމަށާއި، ކޮންމެ އެމްޑީޕީ މެންބަރަކު ވެސް ބޭނުންވަނީ، ރާއްޖެއަކީ ސުލްހައާއި ހަމަޖެހުން ގާއިމްވެފައި އޮތް، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބޭ ބަޔަކަށް ވުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕާޓީގެ ކޮންމެ މެންބަރަކު ވެސް ބޭނުންވަނީ ރާއްޖެއަށް ގެންނަމުންދާ ތަރައްގީއާއެކު ކުރިއަށްދާންކަމަށެވެ. މި ގެނެވޭ ތަރައްގީގައި ވަކި މީހަކު ބާކީނުކޮށް އެންމެނަށް އޭގެ ނަފާ ލިބުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ "އަޅުގަނޑުމެން ބުނަމުން މިދަނީ މި ރާއްޖެ ތަރައްގީ ކުރަން ވާނީ ޖަޒީރާ ގައުމެއްގެ ގޮތުގައޭ. ކުދި ރަށްރަށުގައި ވެސް ދިރިއުޅެން ބޭނުންވާ މީހުންނަށް ހަމަޖެހިލައިގެން އާއިލާއާއެކު އެ ރަށެއްގައި އުޅެވެންވާނޭ. މާލޭގެ ތޮއްޖެހުން ކުޑަކޮށް ހަމަނޭވާ ލެވޭ ތަނަކަށް މާލެ ވާންވާނޭ. އަޅުގަނޑުމެން ރަށްތައް ތަރައްގީ ކުރަމުން މިދަނީ އެ ރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއެކު ދިރިއުޅެވޭނެ ގޮތް ހޯދައިދިނުމާއެކު މާލެއަށް ލުޔެއް ހޯދައި ދިނުމަށް. އިރާދަކުރެއްވިއްޔާ މިހާހިސާބަށް އާދެވިފައި މިވަނީ، އެރަށްތަކުގައި ދިރިއުޅޭ މީހުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ފަށާފަ. ފެނާ ނަރުދަމާއާ، ބަނދަރާ މަގާ ކަރަންޓާ ދަތުރުފަތުރާ ތައުލީމާ ސިއްހީ ހިދުމަތް މިދަނީ ތަރައްގީކުރަމުން."އެވެ. 

ރައީސް ވިދާޅުވި ގޮތުގައި "މި ފަސް އަހަރު ތެރޭގައި ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކަކީ ތިޔަ ބޭފުޅުން ހޯއްދެވި ކާމިޔާބީއެއް. މި ކާމިޔާބުގެ ފެށުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތިޔަބޭފުޅުން އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން. މިއީ ތިޔަބޭފުޅުންނަށް، އެމްޑީޕީއަށް ޝުކުރު ހައްގުކަމެއް. އަދި ހަމައެހެންމެ މިވަގުތު އަޅުގަނޑުމެންނާއެކު ތިބި ކޯލިޝަންގެ ބައިވެރިން ކޮށްދެއްވި މަސައްކަތްވެސް އަޅުގަނޑު ހަނދާނެއް ނުނެތޭ. އެކަމަށްޓަކައި އެބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު އަދާކުރަން." އެވެ.

މި ފަސް އަހަރުގެތެރޭގައި ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިވެވަޑައިގެންނެވިކަމަށާއި، ނަމަވެސް ކާމިޔާބީއަށް ވާސިލްވެވުނީ އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެއްބާރުލުމާ އެހީތެރިކަން ލިބިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ އެމްޑީޕީގެ މެންބަރުން ނިންމެވި ގޮތަށްކަމަށެވެ.

]]>
Sat, 18 Feb 2023 00:28:57 +0500 ހީރަސް
ވަގުން ތިބޭނީ ޖަލުގަ & ރިޔާސީ ރޭހަކު ނޫން https://heerasnews.com/1051 https://heerasnews.com/1051 ރިޔާސީ އިންތިހާބު ބޯމަތި ވާއިރަށް ޖަލުގައި ތިބިހާ ކުށްވެރިންނަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެނީ ކޮންބައެއް ހެއްޔެވެ. ކޮން ގައުމެއްގައި ހެއްޔެވެ. މީހުން މަރައިގެންނާއި ވައްކަން ކޮއްގެން ހުކުން ތަންފީޒްކުރާ އެތައް ބަޔަކު ޖަލުގައި އެބަ ތިއްބެވެ. ޑްރަގްޑީލް ކޮށްގެންނާއި ޖިންސީގޯނާކޮށްގެން ހުކުން ތަންފީޒު ކުރާ މީހުން އެހާ ގިނައެވެ. ހިޔާނާތާއި ރިޝްވަތާއި މަނީލޯންޑަރިންގގެ ކުށް ސާބިތުވެ ހުކުން ތަފީޒު ކުރާ މީހުން ވެސް އެބަތިއްބެވެ.

ގާނޫނުގެ ވެރިކަން ހިންގަން ފައިނަގައިގެން ޕާޓީ ހަދައިގެން އުޅޭ ބައެއް މީހުންގެ ނިޔަތުގެ ތެދުކަމާ ދޭތެރޭގައި ސުވާލު އުފެދެއެވެ. ކުށް ސާބިތުވުމުން ޝަރުއީ ހުކުމް ވަކި މީހަކަށް ތަންފީޒު ނުކުރުމުގެ ޖާހިލު ވިސްނުމަކީ ތިމާމެންގެ ނިޔަތުގެ ނުބައިކަން ހާމަވެގެން ދާކަމެކެވެ.

ކާނަލް ނާޒިމް މާ އަޑުހަރުކޮށް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވެން ޖެހޭނެއޭ ބުނީމާ އަންނަނީ ހިންޏެވެ. ޔާމީނަށް ވާދަ ކުރެވެންޏާ ޖަލުގައި ތިބި އެހެން ކުށްވެރިންނަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު އޮންނަން ވާނެއެވެ. އެތައް ބަޔަކު މެރި ޝަހުމުމެން  ހުމާމުމެން ކަހަލަ ކުދިން ވެސް އެތިބީ ރިޔާސީ އިންތިހާބުގައި ވާދަކޮށްލާ ގޮތަށެވެ.  

އަޖައިބެއް ނުވާނެ ހެއްޔެވެ. ކުރީގެ ރައީސް ޔާމީނު ޖަލަށްލާފައި އެއޮތީ ސިޔާސީ ފްރޭމް ކުރުމެއްގެ ތެރެއަކުން ނޫނެވެ. ދިފާއަށް ފުރުސަތު ދެވިގެން ހުޅުވާލެވިފައިވާ ޝަރީއަތަކުން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެގެންނެވެ. އިދިކޮޅުގެ ކެންޑިޑޭޓަކަށް ޔާމީނު ވީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެތައް ބައިވަރު ކުށްތަކެއްގެ ތަހުގީގާ ޝަރީއަތް ހިނގަ ހިނގާ ހުޢްޓައެވެ. ދައުލަތް ދަވާލައިގެން ހުރެ ޝަރީއަތްތައް ހިނގަހިނގާ އޮއްވާ އިދިކޮޅު ކެންޑީޑޭޓަށް ހެދީ ސިޔާސީ ގޮތުން ތިޔަ ޗަރުކޭސް ކުޅެން ވެގެންނެވެ.

ޔާމީން ޖަލުގައި ބާއްވައިގެން ނުވާނެ ކަމަށް ބުނަން ކާނަލް ނާޒިމަކީ ސްޕްރީމް ކޯޓްހެއްޔެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބުނެ އަޑުއަރުވައިގެން ނާޒިމް ތިޔަ އުޅެނީ ކޮންބައެއްގެ ތާއީދު ލިބޭނެ ކަމަށް ހެއްޔެވެ. ހުކުމެއްކޮށް ޖަލުގައި ޔާމީނު އެއޮތީ ޔާމީނަށް އިންސާފު ކަށަވަރު ވާތީއެވެ. ދައުލަތް ދަވާލައިގެން ނިކުމެ އަނެއް ފަހަރު ދައުލަތް ދަވާލުމަށް ދުނިޔޭގެ ގާނޫނާއި އިސްލާމީ ޝަރީއަތުން ޖާގަ ނުދޭތީއެވެ. ވަގުން ތިބޭނީ ޖަލުގައެވެ. ރިޔާސީ ރޭހަކު ނޫނެވެ.

]]>
Fri, 17 Feb 2023 20:56:10 +0500 ހީރަސް
ނަޝީދު ދަމާހާ ގުއިރޯނެއްގައި ގާސިމެއް ނުޖެހޭނެ! https://heerasnews.com/1025 https://heerasnews.com/1025 ނޫސްތަކުން ފަލަ ސުރުހީ ހޯދަން އަތްގުޅި ނުކާވަރުގެ ވާހަކަ ނުދައްކާށެވެ. ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ވަރަށް އެއްކަމެއްގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކުމަކީ ދޮގުވެރިކަމުގެ ސިއްކަ ތިމާގެ ނިއްކުރީގައި ޖެހޭކަމެކެވެ. އިތުބާރާއި އިހުތިރާމް ގެއްލޭ ކަމެކެވެ.

ރައީސް ސާލިހުގެ ފަހަތްޕުޅަށް އޮނަރަބަލް ގާސިމު އިބްރާހީމް އަރާވަޑައިގަތަސް ނުގަތަސް ރައީސް ނަޝީދާއެކު ގާސިމު އިބްރާހީމް ސިޔާސީ މަސައްކަތްޕުޅެއް ކުރެއްވުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެކެވެ. ދެހާސް އަށެއްގެ ވަތަން އެދޭ އިއްތިހާދުގައި ލިބި ވަޑައިގެން ކެހި އޮނަރަބަލް ގާސިމު ހަނދުމަފުޅު ހުންނާނެއެވެ. ޕެރެޑައިޒް އައިލެންޑަށް ފުލުހުން އަރުވާ އެރިސޯޓުގެ ސްޕާ ބަންދު ކުރުވި ހަނދުމަފުޅު ނެތޭހާ ދުވަހެއް ނުވެއެވެ. ރީތިރަށަށް ފުލުހުން އަރުވަން ޖެހުނު ސަބަބު މަތިކުރި ގޮތް ހަނދުމަފުޅު ހުންނާނެއެވެ. މަސް ދުވަސް ނުވަނީސް ހޯމް މިނސްޓަރުކަން ދޫކޮށްލެއްވުމަށް މަޖުބޫރުވެ ވަޑައިގެން ގޮތް ސިކުނޑިފުޅުން ފިލާ ނުދާނެއެވެ.

ޔާމީނާ އެއްގޮޅިއެއްގައި ދޫނިދޫގައި ހައްޔަރުކުރެއްވި ހަނދުމަފުޅު އާވެ އާލާވާނެއެވެ. ބޮޑުސޭޓުގެ ވަތްގަޑާ ދައުލަތުގެ ހަޒާނާ ގުޅުނީމާ ވާގޮތޭ ކިޔާ ކުރިހާ ފުރައްސާރަ ބިންވަޅު ނެގިފައި އޮންނާނެއެވެ. މާމިގިލީ ގޮނޑުދޮށުގައި މުންޑުބުރި އަނދެގެން ކަކުނި ކޮންނަން އޮތް ބީރައްޓެހި ގަބު ބޯނެއް ބުރުމާ ދިވެހި ވެރިކަމަށް ކުފޫހަމަ ނޫންކަމަށް ލީ ހަޅޭކުގެ އަޑު ކަނޑައިގެން ނުދާނެއެވެ. އުސްފަސްގަނޑުގައި ކުޑައި މީސްކޮށް މަނީމަނީ ޔޭސްސަރއޭ ގޮވާ ރައްޔިތުންގެ ހިތުގައި އުފެއްދި ނަފްރަތުން ހެދުނު ބާގަނޑުތައް ނުބެދެއެވެ.

ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ލިބުނަ ނުދޭން ކުޅުނު ޗަރުކޭހުން ވީ ޑެމޭޖް ރިކަވަރއެއް ނުވެއެވެ. ރައީސް ސޯލިހުގެ ކޯލިޝަންގެ ޕާޓްނަރުންނާ ވީއެއްބަސްވުން ބާތިލުކޮށް ކޯލިޝަން ރޫޅާލަން ރައީސް ނަޝީދު ކުރެއްވި މަސައްކަތް ގާސިމަށް އޮޅިވަޑައެއް ނުގަންނަވާނެއެވެ. ކޯލިޝަން ޕާޓްނަރުންގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި ސިޔާސީ ބޭފުޅުންގެ ހަތަރެސްފައި ބަދެ ރައީސް ނަޝީދުގެ އައުވާނުން ލައްވާ ޖަރީމާތައް ހިންގުވާ ކޯލިޝަން ޕާޓްނަރުންނާއި ރައީސް އިސްތަށިފުޅުގައި އެޅުވިހާ ދޮގުތުހުމަތާއި ވަގު ބަދުނާމު އޮޅިވަޑައެއް ނުގަންނަވާނެއެވެ.

ޖުމްހޫރީ ޕާޓީއާއި ގާސިމަށް އޮތްމޮޅު ވިދާޅުވެ ދެއްވަން ރައީސް ނަޝީދަކީ ކޮންބޭފުޅެއް ހެއްޔެވެ. ރައީސް ނަޝީދުގެ އެ ޒާތުގެ ކޮންމެ ރައުޔަކީ ދަންމަވާ ގުއިރޯނެއް ކަން ނޭނގޭ ދިވެއްސަކު ނުހުންނާނެއެވެ. އެހެން ދަންމަވާހާ ގުއިރޯނެއްގައި ޖެހި ވަޑައިގަންނަވާ ވަރަށް ވުރެ އޮނަރަބަލް ގާސިމް އިބުރާހީމަށް ކާކަކީ ކާކުކަން އެނގިވަޑައި ގަންނަވާނެއެވެ. ކޮށްފަނުކުރާނީ ކީއްކަން ރަނގަޅަށް ފަހުމްވެ ވަޑައިގަންނަވާނެއެވެ.

]]>
Fri, 10 Feb 2023 12:18:22 +0500 ހީރަސް
ދޮގުނުކުރެވޭނެ ހަގީގަތް: މީހުން ބިނާކުރުމުގައި އިބޫ https://heerasnews.com/1010 https://heerasnews.com/1010 ވަރަށް ބޮޑު ތެދުފުޅެކެވެ. ގައުމު އާރާސްތުވާނީ ޒުވާނުން ބިނާވެގެންނެވެ. އެކަމަށް އިސްކަންދީގެން ކުރާ ހާއްސަ މަސައްކަތްތަކެއް އެބަ ކުރެވެއެވެ. ތައުލީމީ ނިޒާމް މުޅިރާއްޖޭގާ އެއްހަމަކުރުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމަށް ކުރެވޭ ގިނަކަންކަން ފާހަގަ ކުރަންޖެހެއެވެ. ރައީސް ވިދާޅުވާހެން ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކުއެވެ. ސްކޫލްތަކުގައި ކިޔަވަން ތިބި ދަރިވަރުންގެ އަދަދާއި ލިބެންހުރި ވަސީލަތްތަކާ ދިމާނުވުމަކީ ކުރިއްސުރެ އޮތް ދަތިކަމެކެވެ. ރައީސް ސާލިހު ސަރުކާރާ ހަވާލު ވަޑައިގެން އިރު އެކަން އޮތީ އެކި ތަންތާ އެކިވަރަށް ތަފާތުކޮށެވެ. ދަތި އުދަގޫތައް އިންތިހާގައެވެ.

ސްކޫލުތަކުގެ ތަފާތު ކުޑަކޮށް ދަތިތައް ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހުސްވި ހަތަރު އަހަރު ވަނީކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގާ 1578 ކްލާސްރޫމް އިތުރު ކޮށްފިއެވެ. 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުންނެވެ. ތައުލީމީ ދާއިރާއާ ގުޅޭ އިތުރު 509 އުމުރާނީ މަޝްރޫއު އެދަނީ ހިނގަމުން ނިމެމުން ބާރަށް ކުރިއަށެވެ.

އާދޭހެވެ. ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުންނެވެ. މުދައްރިސުންނަށް ބޭނުންވެ ނުވެހުރި ވަރަށް ގިނަ ބޭނުންތައް މިވެރިކަމުގައި ފުރިހަމަކޮށް ދީފިއެވެ. އުފުލާލެވުނު މުސާރައިގެ ކުރިއެރުން އެކަނިވެސް ހެއްކަކަށް ފުދެއެވެ.

އަނެއްކޮޅުން ހުރިހާ އަތޮޅެއްގާ މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތެއް ނެތް ނެތުން މިވެރިކަމުގައި ނިމުމަކަށް ގެނެސް  މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީފިއެވެ.

ހަމަ އެހެންމެ ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކާ އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމެވެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބަ އޮތެވެ. 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހަތަނަސް ބައިވެރި ވެއްޖެއެވެ. 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެ ނިމިއްޖެއެވެ.

ކޮންމެ މަޔަކާ ބަފައަކާއި ބެލެނިވެރިއެއްގެ ރޭނިދި ގެއްލި ދިއުމަށް ތަސައްލީ ހޯދާދީފިއެވެ. އެކަމުގެ ކަންބޮޑުވުން މުޅި ރާއްޖެއިން ނައްތާލެވިއްޖެއެވެ.

ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ލޯން ފުރުސަތަށް އެދޭ ދަރިވަރުންގެ އަދަދު ގިނައެވެ. އެދަރިވަރުންނަށް ފަހިކޮށްސަރުކާރުން ދޭ ލޯނުގެ އަދަދު އެތައް ގުނައެއް އިތުރުކޮށް ދީފިއެވެ.

މިހާތަނަށް މިސަރުކާރުން 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނު ދީފިއެވެ. ކުރިން %5 ގައިހުރި އިދާރީ ފީ %1 އަށް ކުޑަކޮށްދީ ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށް ދީފިއެވެ. އަނެއްކޮޅުން ކުރީގެ ބޮޑު ރޭޓްގައި ދެއްކި ފައިސާ ވާނީ ޖުމްލަ ލޯނު އަދަދުން އުނިކުރެވިފައެވެ. އުފާވާ ކަމަކީ މީގެކުރިން ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔެވި ކުދިންގެ ކަންބޮޑުވުންތަކެއް އަދިވެސް ހުރުމުން އެ ބުރަތައް  ކުރިއަށް އޮތްތަނުގައި ލުއިކޮށްދިނުމަށް ރޭވިފައި އޮތަތީއެވެ.

6000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާހައުލަށް ފައްކާ ކުރެވެމުން ދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއަރ ކޮލެޖްތަކާއި ޓިވެޓް ސެންޓަރުތަކާއި ޕޮލިޓެކްނިކް ސެންޓަރުތައް ގާއިމްކުރަމުން ދަނީ ފަތުއަޑު ކިޔާފައެވެ. އެގޮތުން ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި ހއ. ދިއްދޫ ގެ ޖޫނިއަރ ކޮލެޖްގެ ޢަމަލީ މަސައްކަތް އެދަނީ ހިނގަމުންނެވެ. ކ. ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ. ކުޅުދުއްފުއްޓާއި ފުވައްމުލަކު ޓިވެޓް ސެންޓަރާއި ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް އޮތީ ކުރިއަށެވެ.

ޝުކުރުވެރިކަމާ އެކު ރުހުމުގެ ލޮލަކުން ނުދުއްޓަސް މިހުރީ ނުހިނގާ ކަންކަމަކަށް ނުހެދޭނެއެވެ.  ދެކޭ އެއްވެސް މީހަކަށް ދޮގުނުކުރެވޭނެ މި ހަގީގަތްތައް އެހުރީ ދިމާލަށް ފެންނާށެވެ.

]]>
Tue, 07 Feb 2023 14:54:48 +0500 ހީރަސް
ނައިބު ރައީސްގެ ރެކޯޑްވެސް ރައީސް ސާލިހަށް https://heerasnews.com/1009 https://heerasnews.com/1009 އަދަކީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނުތާ 11 އަހަރު ފުރުނު ދުވަހެވެ. މިއަދާ ގުޅިގެން ހަނދާނަށް އަންނަނީ ނައިބު ރައީސްސުންގެ ވާހަކައެވެ. 2008 ގައި އަމަލު ކުރަންފެށި އައު ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި އުފެދުނު ސަރުކާރަކަށް މީގެ ކުރިއަކުން އެއް ނައިބު ރައީސަކާއެކު ދައުރެއް ފުރިހަމައެއް ނުކުރެވެއެވެ. ރައީސް ނަޝީދުގެ ސަރުކާރު ވެއްޓާލުމުގައި ނައިބުރައީސްގެ ދައުރު ވަރަށް ބޮޑެވެ. ރައީސް ޔާމީނަށް ދައުރެއް ނިންމާ ލެއްވުނީ ދެ ނައިބުން ބޭރުކޮށް 3ވަނަ ނައިބު ރައީސާއި އެކުގައެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި އެބާގަޑެއް ނުހެދުނެވެ. އެހެނަސް އެމަގަށް ރައިސް ސާލިހުގެ ވެރިކަން ފޮރޮޅާލަން ބަޔަކު އެބައުޅެއެވެ. ރައީސް ސާލިހުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތާއި މެދު ޝައްކު އުފައްދަން އެބައުޅެއެވެ. މާ ބޮޑެތި ސިޔާސީ ވެރިންނަށް ވެގެން ރައްޔިތުންނަށް އޮޅުވާލަން އަދުރޭމެން މި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. ޕީއެންސީ ކިޔާ ސިޔާސީ ޕާޓީގެ ލީޑަރ އަދުރޭއަށާއި އިދިކޮޅަށް ގާނޫނު އަސާސީއެއް ނޭގެއެވެ. ގާނޫނު އަސާސީގައި ބުނާ އެއްޗެއް ފަހުމެއް ނުވެއެވެ. ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލިސްގެ ރައީސްއަކީ ވެސް އަދުރޭމެންގެ ކުރިމަތީގައި މަރުމޯލުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކުރިމަތިވެ ވަޑައިގެން އާލާސްކަންފުޅަކާއި ގުޅިގެން ރައީސް ކަމުގެ ވާޖިބުތަކުން ވަގުތީ ގޮތުން ތަނާޒިލުވެ ވަޑައިގަތީ ގާނޫނު އަސާސީއާއި އެއްގޮތަށެވެ. ގާނޫނު އަސާސީ ބަޔާންކޮށްފައިވާ އިޖުރާއީ ތަރުތީބުން ކުރައްވަން ޖެހޭ ކަންކަން ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތަކާއި ހަވާލުވެ ވަޑައިގަތީ ވެސް ގާނޫނު އަސާސީގައި އޮތް ގޮތަށެވެ. ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތަކާއި ހަވާލުވެ ވަޑައިގަތުމަށް މަޖިލިސްގެ ރައީސްގެ ކުރިފުޅުމަތީގައި އުއްތަމަފަނޑިޔާރު ހުވާލާދެއްވީ ވެސް ގާނޫނު އަސާސީގައި އެކަން އެ ގޮތަށް ކުރަން ބުނެފައި އޮވެގެންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތަކާއި އަލުން  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަވާލު ވަޑައިގަތީ ވެސް ގާނޫނު އަސާސީ ބަޔާންކޮށްފައި އޮތް ގޮތަށެވެ. އެކަމުގައި ނުކަސިޔާރު ގާނޫނު އަސާސީއާއި ތައާރަޒުވާ އެއްވެސް ކަމެއް ހިނގަފައި އޮތްނަމަ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ލޯމަރުއްވަލައްވައިގެން ނުހުންނެވީއެވެ. އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ހަނު ނުހުންނެވީހެވެ. އަމްދުން އާރާ ބާރު ލިބި ވަޑައިގަތުމުން ނައިބުރައީސް ފައިސަލް ނަސީމަކީ ދައުރުގެ ބާކީ އޮތްބައިގައި ރައީސްކަން ކޮށްލައްވަން ލިބި ވަޑައިގެން ވަގުތު އެކަން ނުކުރައްވާ ފޭވެ ވަޑައިގަންނަވާ ވަރުގެ މޮޔައެއް ނޫނެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރައީސް ކަމުގެ ވާޖިބު ތަކުން ވަގުތީ ގޮތުން ތަނާޒިލުވެ ވަޑައިގަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތައް ހަވާލު ކުރެއްވި ކުރެއްވުމުން ލިބުނު ފިލާވަޅު ތަކެއް އެބައޮތެވެ. ރައީސްއާއި ނައިބު ރައީސްގެ ގުޅުމުގެ ވަރުގަދަކަމެވެ. އެކަކު އަނެކަކަށް އޮތް އިތުބާރެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނުގެ ނައިބުރައީސުން ފަދަ ހަރާންކޯރު ނައިބު ރައީސަކަށް ރައީސް ސާލިހުގެ ނައިބު ރައީސް ނުވިކަމެވެ. ނައިބު ރައީސް ބަދަލުނުކޮށް ރިޔާސީ ދައުރެއް ނިންމަލެވޭ ފުރަތަމަ ރައީސަކަށް ވަޑައިގަތުމުގެ ރެކޯޑް ރައީސް ސާލިހު ގާއިމު ކުރެއްވުމެވެ. 

]]>
Tue, 07 Feb 2023 08:36:15 +0500 ހީރަސް
ކޮންގްރެހުން ނިންމިޔަސް އަންނި ބޮލެއް ނުލަނބާނެ! https://heerasnews.com/990 https://heerasnews.com/990 ތަކުރާރުކޮށް އެމްޑީޕީގެ އަސާސީ ގަވައިދާ ރައީސް ނަޝީދު ހިލާފުވެ ވަޑައިގަންނަވަމުން އެބަދެއެވެ. ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކާއި ކުރައްވާހާ ކަމަކަށް ތައީދުކުރާ މެންބަރުންތަކެއް ޕާޓީގައި ތިބުމަކީ ރައީސް ނަޝީދު ކުރައްވާނެ ކަމެއް ކުރައްވަން އޮތް ހުއްޖަތެއް ނޫނެވެ. ރައީސް ނަޝީދެއް ކަމަކު ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާއި ހަމަތަކާއި ޕާޓީގެ ނިންމުންތަކަށް ބޯލަނބާ ކިޔަމަން ގަތުމަކީ އޮތް ކަމެކެވެ. 

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓެއް މިހާރު އެ އޮތީ އާއްމު މެންބަރުންގެ ވޯޓަކުން ނިންމާފައެވެ. ކިތަންމެ ރުހި ވަޑައި ނުގަތަސް އެނިންމުމަށް ޖެހިވަޑައިގަންނަވާނީ ބޯލަނބާ ކިޔަމަންވެ ވަޑައި ގަންނަވާށެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގެ 16 މާއްދާގައި މެންބަރުންގެ މަސްއޫލިއްޔަތު ސާފުކޮށް އެއޮތީއެވެ. އެ މާއްދާގެ (ބ)ގައި ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމާއި ވޯޓު ހޯދާދޭން މަސައްކަތް ކުރުމާއި ވޯޓު ދިނުން މެންބަރުންގެ މައްޗަށް ލާޒިމު ކުރެއެވެ. ރައީސް ނަޝީދެއް ކަމަކު އެކަމުން އިސްތިސްނާއެއް ނުވެއެވެ.

ޝަކުވާ ބަލާ ފިޔަވަޅު އެޅުމުގެ ނިޒާމް އެމްޑީޕީގެ އޮނިގަނޑު ތެރޭގައި އެބައޮތެވެ. ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ހުރިނަމަ ހުރި ޝަކުވާއެއް ހުށަހަޅާ އެ ނިޒާމުގެ ތެރެއިން ހައްލު ހޯދެން އެބައޮތެވެ. ނިޒާމުން ހޯދައިދޭ ހައްލަކީ އެދިވަޑައިގަންނަވާ ގޮތްކަމަށް ނުވިޔަސް އެކަމާ ދެކޮޅު ހައްދަވާ ބަގާވަތް ކުރެއްވުމުގެ ހައްގެއް ރައީސް ނަޝީދަކަށް ވެސް ނުއޮންނާނެއެވެ. އިންތިހާބީ ކޮމިޓީއާއި ފިޔަވަޅު އަޅާ ކޮމެޓީއާއި ގައުމީ ހިންގާ ކޮމެޓީއާއި ގައުމީ މަޖިލީހުގެ ނިންމުން ތަކަކީ ރައީސް ނަޝީދު އެދިވަޑައިގަންނަވާހާ ގޮތަކަށް ނިންމޭ ނިންމުން ތަކަކަށް ނުވެ ހިގައިދާނެއެވެ. އެ ހުރިހާ ތަންތަނުން ނިމޭ ނިންމުން ތަކަކީ ގިނަ ބައެއްގެ މެދުން ނިންމޭ ގާނޫނީ ބުރަދަން ލިބިގެންވާ ނިންމުން ތަކެކެވެ. ޕާޓީގެ ކޮންމެ މީހަކަށްމެ ލާޒިމު ވެގެންވަނީ ޕާޓީގެ ނިންމުންތަކަށް ބޯލެނބުމެވެ. 

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަނަކީ ކޮންގްރަސްއެވެ. ކޮންގްރަސް އެއްވަނީ ފަސް އަހަރުން އެއް ފަހަރުއެވެ. ޕާޓީގެ އެހެނިހެން ގުނަން ތަކުގެ ނިންމުންތައް ބަލައިނުގަނެވޭ ނަމަ އާދަޔާ ހިލާފު ކޮންގްރެސް އަކަށް ގޮވާލައި ކޮންގްރެސްއަށް އެކަމެއް ހުށަހަޅައިގެން ގޮތް ނިންމިދާނެއެވެ. އެނިންމުން ވާނީ އެންމެ ފަހުގެ ނިންމުމަށެވެ. 

ރިޔާސީ ޓިކެޓާ މެދު ރައީސް ނަޝީދުގެ ހިތްޕުޅު ހަމަ ޖެހިވަޑައިނުގަންނަވާ ނަމަ  ރައީސް ނަޝީދަށް އޮތް އެންމެ ފަހު ގޮތަކީ ކޮންގްރަސް އެއްކުރުމެވެ. އެ ހިއްވަރުފުޅު ހުރިއްޔާ ފަސާދަ ނުއުފައްދަވާ އެކަމާ އުޅުންވަންވީއެވެ.

އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން އޮންނަނީ  ދެ ގޮތަކަށެވެ. އެއްގޮތަކީ ގައުމީ މަޖިލީހުން އާދަޔާ ހިލާފް ކޮންގްރެސް އެއް ބޭއްވުމަށް ނިންމުމެވެ. އަނެއް ގޮތަކީ ކޮންގްރަސްމަނުންގެ ތިންބައިކުޅަ އެއްބައި މެންބަރުން ކޮންގްރެސް އެއް ބާއްވަން ބޭނުން ވެގެން ހުށަހެޅުމެވެ. 

އިސްވެ ބުނެވުނު ދެ ގޮތުންކުރެ ގޮތަކަށް އާދަޔާ ހިލާފު ކޮންގްރެސް އެއް ބާއްވައިގެން ރިޔާސީ ޓިކެޓާ މެދު ގޮތެއް ނިންމޭ ވަރުގެ ހަކަތައެއް ހުންނެވި ނަމަ އެކަން ކުރެއްވުމަކަށް ރައީސް ނަޝީދަށް ހުރަހެއް ނެތެވެ. ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ގައުމީ މަޖިލީހުން އާދަޔާ ހިލާފު ކޮންގްރެސް އެއް ބާއްވާ ދީގެން ކޮންގްރެސްގައި ރިޔާސީ ޓިކެޓާ މެދު ކޮންގްރެސް ގެ ނިންމުމެއް ހޯދުމަކީ ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އޮތް ކަންބޮޑުވުމަކީ ރިޔާސީ ޕްރައިމަރީން މިހާރު ނިންމާފައި އޮތް ނިންމުން ކޮންގްރެސްއިން ދަމަހައްޓައިފި ނަމަ ދެން ރައީސް ނަޝީދުގެ ބޯލަންބަވާފާނެ ކަމުގެ ޔަގީކަން ނެތުމެވެ. 

]]>
Thu, 02 Feb 2023 13:34:12 +0500 ހީރަސް
ރޭވެނީ އަންނި ޖާނުންފިދާވެގެން އިބޫއަށް ދޭ ސިޔާސީ ހަމަލައެއް https://heerasnews.com/973 https://heerasnews.com/973 ރައީސް ނަޝީދަށް ބައެއްގެ ތާއީދު ނެތްކަމަށް ބުނުމަކީ ހެދޭނެ އެންމެ ބޮޑު އެއް ދޮގެވެ. ސިޔާސީ ލީޑަރުންނަށް ތާއީދު ކުރާ މީހުންނާ ޒާތަކަށް އީމާންވާ މީހުން އުޅޭނެއެވެ. އެއީ އިންސާނީ ތޮބީޢަތެވެ. ރައީސް މައުމޫން އެ ހުންނެވީ އެ ދެބައިވެސް ލިބި އެދުވަސް ނިމި ދުވަސް ގޮސްފައެވެ. 

މީހަކަށް ތާއީދު ކުރާ މީހުން މިބުނި ބީދައިން އޭނާއަށް އީމާންވާ މީހުންނަށްވުރެ ގިނަ ވާނެއެވެ. ތާއީދު ކުރާ މީހުން ތާއީދު ކުރާނީ އަމިއްލަ ލޮލުން ބަލަމުން އަމިއްލަ ސިކުނޑިން ވިސްނަމުން ނެވެ. ނަތީޖާއަކީ އެ މީހާ އުޅޭގޮތާ ބުނާ ބަހާ ކުރާ ކަންކަމުން ކުރިން ކުރި ތާއީދު ގެއްލި ދެއެވެ.

ނަމަވެސް އެއްކަލަ ގޮތަށް އީމާންވި މީހުންނަށް ވިސްނި ފެނި އަޑު އިވޭނީ އެމީހާ އެހިނދަކަށް ކުރާ ކަމަކާ ބުނާ ބަހަކާ އޭނާ ވިސްނައިދިން އެއްޗެކެވެ. އޭނާގެ އަމިއްލަ ސިކުނޑިއާ އަމިއްލަ ލޮލާ ކަންފަތަކީ ނެތް އެއްޗިހި ފަދަ ވާނެއެވެ. އެގޮތަށް އީމާން ވީމާ އޭނާ ކުރާނީ ހުސް ރަނގަޅު ކަންކަމެވެ. ބުނާނީ ހުސް ހެޔޮބަހެވެ. އަދި އޭނާގެ ފުށުން އިވޭނީ ހައްތާވެސް ހެޔޮ ބަހެވެ. އިންސާނުންނަކީ މަރު ގަންނަވަން ދެން މި ހާލެއްގައި އުމުރު ކަންފަތި ކުރާ ބައެކެވެ. 

ނިމި ދިޔަ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ބަސްމަގު ހުރީ އިދިކޮޅު ޕީޕީއެމާ ދާދި ގާތުގައެވެ. އެއްކަލަ މީހުންނަށް އެގޮތް އޯކޭއެވެ. އެ ކެމްޕޭންގައި ރައީސް ނަޝީދާ އެއްކޮޅަށް މަރުދީ އުޅުނު އެއް ބަޔަކީ ޕީޕީއެމް އެކްޓިވިސްޓުންނާ އެމީހުންގެ ނޫސް މީޑިއާ ތަކެވެ. އެނގި ތިބެ އެކަން ވެސް އޯކޭ ބަޔަކު އެބަ އުޅެއެވެ. 

ރޮޒޭނާ އާއި ތަސްމީނާއި އަލީ އާޒިމާ "ޝައިތޯނާ" ވެސް ރައީސް ނަޝީދާ އެކުގައި ތިބިތަ އެއީ ބަތަލުންނެވެ. ދުރަށް ޖެހިލާ އިރަށް އެވަރުގެ ނުބައި ބަޔަކު ނެތެވެ. ކައިރީގަ ހުރިއްޔާ އޯކޭއެވެ. މިފަހަރު އަލީ އާޒިމް އޯކޭއެވެ. އެކުގައި ނެތުމުން ރޮޒޭނާ އޯކޭ އެއް ނުވިއެވެ.

ގާސިމާއި އިމްރާނާއި މައުމޫނާއި އަދީބާއި ޖަމީލަކީ ބަޣާވާތުގެ އަހުލު ވެރިންނޭ އެމީހުންނާ ކޯލިޝަން ހެދީ އޭ ބުނެ ބަހަނާ ނުދައްކާށެވެ. އެ އެންމެންނާ ރައީސް ނަޝީދު ޖަލުގައި ތެޅުވި އެންމެންގެ މުއްލާ އަކަށް ހުރީ ރައީސް ޔާމީނެވެ. ތިޔަ ބުނި އެންމެން ރަންހާރެއް ހެން އަމުނައިގެން ގެނެސް ރައީސް ސޯލިޙްގެ ކަރުގައި ކޯލިޝަންގެ ހާރު އެޅުވީ ރައީސް ނަޝީދެވެ.

އެކަމަކު އެންމެންގެ ބޮސް ޔާމީނު ރައީސް ނަޝީދަށް އޯކޭ ވީމާ އެއްކަލަ ބާވަތަށް އީމާންވި މީހުން އެތިބީ ވިދާޅުވިޔަތީ އޯކޭ ވެގެންނެވެ. އަމިއްލަ ސިކުނޑިއެއް ލޮލެއް ކަންފަތެއް ނެތް ފަދައެވެ. 

އެމްޑީޕީ އުފެދިގެން އެންމެ ފުރަތަމަ ކުރި ކަމަކީ ލާއިންސާނީ އަނިޔާ ނައްތާލުމެވެ. އެމްޑީޕީ އުފެދުނު ފަހުން އެންމެނަށް އަނިޔާކުރި ހުރީ އެންމެ މީހެކެވެ. އެއީ ރައީސް ޔާމީނެވެ. ޕީޕީއެމާއި ރައީސް ޔާމީނާ އޯކޭ ނުވާ އަދި ނުވެސް ވާނެ ކަމަށް ވިދާޅުވާ ހަމަ އެކަނި ލީޑަރަކީ ރައީސް ޞޯލިޙެވެ.  

ޕްރައިމަރީގެ ތެރޭގައި ރައީސް ޞޯލިޙް އެހެން ވިދާޅުވީ ވެސް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ޔާމީނު އޯކޭވިލެއް ބޮޑުކަމާއި އަވަސް ކަމުންނެވެ. ތާއީދު ކުރާ މީހުންނަށް އެވަރު އެނގުނަސް އީމާންވީ މީހުން ގޮވާ ނަގަނީ އަވަހަށް ޕާޓީއެއް ހަދާ ވަކިން ވާދަ ކުރުމަށެވެ.

ޕްރައިމަރީން ރައީސް ނަޝީދު ބަލިވުމަކީ މި ފަހުން ރައީސް ނަޝީދުވީ 5 ވަނަ ބައްޔެވެ. ޑިމޮކްރަސީއަކީ މޮޅުވާ މީހާ ފަހަތަށް ބަލިވާ މީހާ އެރުމޭ އެންމެ ބާރަށް ގޮވީ ރައީސް ނަޝީދެވެ.

ތިމާ ބަލިވީމާ އެހުރީ ހިމޭނުންނެވެ. 

ހިމޭނުން ހުރުމުގެ މާނަ އެނގޭ ހެއްޔެވެ؟ މިހާރު އެ ބަލަނީ ވަކިން ވާދަ ކުރަން ގޮވާ އީމާންވި މީހުންގެ އަޑު ވައިގައި ހިފާ ވަރެއް އަޖުމަ ބެލުމެވެ. ދެން މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދިނުމަށް ފަހު ވާނެ އެއްޗެއްވާން އަމިއްލައަށް ވަކިން ކުރިމަތި ލާނެއެވެ.

ކޮންމެހެން ހޮވޭކަށް ނޫނެވެ. ބަޔަކު ގަޅަ ހައްދައިގެން ވެސް އެޖަހަން އުޅޭ ސުއިސައިޑް އެޓެމްޕްޓަކީ ރައީސް ޞޯލިހަށް ދެވަނަ ދައުރެއް ނުދޭން ހިތުގައި އޮތް އަދާވާތް ތެރިކަމާއި ނަފްރަތެވެ. ޕްރައިމަރީން ބަލި ވުމުން ހިމޭނުން ހުރެގެން އެ ޖަހަނީ ޢަދާވާތް ތެރިކަމުގެ ވަކަރަށެވެ.

]]>
Mon, 30 Jan 2023 02:16:49 +0500 ހީރަސް
ނަޝީދަށް ކާމިޔާބުނުވީ ތިރީސްނުވަހާސް މެންބަރުން އުނިވެގެނެއްނޫން https://heerasnews.com/972 https://heerasnews.com/972 ރައީސް ނަޝީދަށް ޕްރައިމަރީ ގެއްލުނީ: 

  • އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލު ރައީސް ނަޝީދަށް ގެއްލުމުން
  • ގައުމީ މަޖިލިސް އިންތިހާބު ރައީސް ނަޝީދު ތާއީދުކުރެއްވި ގިނަމެންބަރުން ދައިރާތަކުން ނުހޮވުމުން
  • ޗެއަރޕާސަންގެ މަގާމަށް ރައީސް ނަޝީދު އެންޑޯޒް ކުރެއްވި އިމްތިޔާޒު ފަހުމީ ނުހޮވުމުން
  • ރައީސް ސާލިހުގެ ހެޔޮވެރިކަމާ ރައީސް ނަޝީދު އިދިކޮޅަށް ވުރެ އިދިކޮޅުވުމުން. 

އެމްޑީޕީގެ މެންބަރަކަށް ވުމަށް ފޯމުފުރާފައި ޕާޓީގެ އޮފީހަށް ފޮނުވުމުން ޕާޓީގެ ދަފުތަރަށް އެމީހެއްގެ ނަން ނިކަން ފަސޭހައިން އަރުވާލައެވެ. އެއަށްފަހު ކުރަންޖެހޭ ގިނަކަންކަން ސެކެރެޓެރިއޭޓުން އޮންނަނީ ނުކޮށެވެ. އިލެކްޝަންގެ ދަފުތަރަށް އެމެންބަރަކު ލުމަށް ކުރަންޖެހޭ އެއްވެސް ކަމެއް މަދުންނޫނީ ކުރެވިފައެއް ނެތެވެ. އޭރުގެ ޗެއަރޕާސަން ހަސަން ލަތީފް އެކަމަށް ކުޑަވެސް ސަމާލުކަމެއް ނުދެއްވައެވެ. އިލެކްޝަން ކަމިޝަންގެ ލިސްޓާއި އެމްޑީޕީގެ ސެކްރެޓެރިއޭޓްގެ ދަފްތަރު އެއްގޮތް ކުރުމަކީ އެއްވެސް ބޭނުމެއް އޮތްކަމެއް ކަމަކަށް ޕާޓީގެ ރައީސް ނަޝީދަކަށް އަދި އޭރުގެ ޗެއަރޕާސަން ހަސަން ލަތީފަކަށް ގަބޫލެއް ނުކުރެއްވެއެވެ. 

ކޮންމެ އެތެރޭގެ އިންތިހާބަކާ ގުޅުވައިގެން އެހެން ޕާޓީތަކުން މީހުން ވަދެ އިންތިހާބުތައް ގަޑުބަޑު ކުރާ ވާހަކައަކީ ރައީސް ނަޝީދު ކެނޑިނޭޅި އަޑުހަރުކޮށް ދެއްކެވި ވާހަކައެކެވެ. އެންމެފަހުން ޕާޓީގެ ޗެއަރޕާސަން ހޮވުމަށް ބެއްވި އިންތިހާބުގައި ވާދަކުރެއްވި ދެކެންޑިޑޭޓުންގެ ތެރެއިން ރައީސް ނަޝީދާއި ކުރީގެ ޗެއަރޕާސަން ހަސަން ލަތީފާއި ޕާޓީގެ ލީޑަރޝިޕުން ތާއީދުކުރި އިމްތިޔާޒު ފަހުމީގެ މެނެފެސްޓޯގެ އެއްވަނަގައި އޮތީ ޕާޓީ ދަފްތަރު ސާފުކުރުމުގެ ވާހަކައެވެ. ދަފްތަރު ސާފުކުރުމަށް އެއްވެސް ސަމާލުކަމެއް ނުދެއްވާ ތިއްބެވި ބޭފުޅުންތަކެއް ތާއީދުކުރައްވާ ކެންޑިޑޭޓްގެ ދައުރުގައި ކުރާއްވަނެ އެންމެ އިސްކަމަކަށް ދަފްތަރު ސާފު ކުރުން ވެގެން ދާނީ ގައިމު ދަފުތަރުގައި ބޮޑެތި މައްސަލަތަކެއް ހުރެގެންތާއެވެ.

ދަފުތަރުން އުނިވީ ނަޝީދުގެ ސަޕޯޓަރުން އެކަންޏެއްނޫން

ކަން ދިމާކުރި ގޮތުން ރައީސް ނަޝީދުމެން ތާއީދު ކުރެއްވި އިމްތިޔާޒް ފަހުމީއަށް ޗެއަރޕާސަންކަން ކާމިޔާބެއް ނުކުރެއްވުނެވެ. އިންތިހާބު ކާމިޔާބު ކުރެއްވީ ހިންގާލަން ނިކުންނެވި ފައްޔާޒު އިސްމާއީލެވެ. ފައްޔާޒަށް ޗެއަރޕާސަން ކަން ލިބި ވަޑައި ގަތުމާއެކު އެންމެ އިސްކަމެއް ދެއްވީ އިމްތިޔާޒް ފަހުމީ ޓީމުގެ އެންމެ ބޮޑު ކަންބޮޑުވުން ހައްލުކުރުމަށެވެ. އެމްޑީޕީގެ ދަފުތަރު ސާފު ކުރެއްވުމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާއި އެއްގޮތަށް ގާނޫނީ ހަމައިގެ ތެރެއިން ދަފްތަރު ސާފު ކުރެއްވިއެވެ. ދަފްތަރު ސާފުކޮށް ނިމުނުއިރު އޮނަސާޅީސް ހާހެއްހާ މީހުންނަށް އެމްޑީޕީގެ މެންބަރޝިޕް ގެއްލުނެވެ. ހަސަން ލަތީފު އިސްވެ ހުންނެވި ސެކެރެޓެރިއޭޓުގެ ގައިރު ޒިންމާދާރު ކަމުންނެވެ. މެންބަރޝިޕް ގެއްލުނީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތައީދު ކުރާ މީހުންނަށް އަމާޒު ކޮށްގެން ކަމަށް ބުނެ ހަސަން ލަތީފުމެން ވާހަކަ ދެއްކެވުމަކީ އެބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތްކަން ދަލީލުކުރާ ސަބަބެކެވެ. މެންބަރުޝިޕް ގެއްލުނު މީހުންގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދުކުރާ މީހުން ތިބިހެން ރައީސް ސާލިހަށް ތައީދުކުރާ އެ ބައެއްގެ ވޯޓު ރައީސް ސާލިހަށް ކަށަވަރު އެތައް ހާސް ބަޔަކު ވެސް ހިމެނެއެވެ.

ރައީސް ނަޝީދަށް ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުވުމާ ޕާޓީގެ ދަފްތަރު އިސްލާހު ކުރުމާ ގުޅުމެއް ނެތެވެ. ރައީސް ނަޝީދުގެ ނާކާބީ ގުޅިވައިވަނީ މިދަންނަވާ ކަންކަމުގެ މައްޗަށެވެ.

  • އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލު ރައީސް ނަޝީދަށް ގެއްލުން
  • ގައުމީ މަޖިލިސް އިންތިހާބު ރައީސް ނަޝީދު ތާއީދުކުރެއްވި ގިނަމެންބަރުން ދައިރާތަކުން ނުހޮވުން
  • ޗެއަރޕާސަންގެ މަގާމަށް ރައީސް ނަޝީދު އެންޑޯޒް ކުރެއްވި އިމްތިޔާޒު ފަހުމީ ނުހޮވުން
  • ރައީސް ސާލިހުގެ ހެޔޮވެރިކަމާ އިދިކޮޅަށް ވުރެ އިދިކޮޅުވުން. 

އިސްވެދިޔަ ސަބަބުތައް އެހެން ހުރުމުން ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނީ 39000 މެންބަރުން ދަފުތަރުގައި ނެތުމުންނޭ ކިޔުމުގެ ޖާގައެއް ނެތެވެ.

]]>
Sun, 29 Jan 2023 14:01:54 +0500 ހީރަސް
ރައީސް ނަޝީދަށް މިވީ ކިހިނެއް! https://heerasnews.com/971 https://heerasnews.com/971 ހުތުރު ބައްޔަކުން ބަލިވެ ވަޑައިގެން ރައީސް ނަޝީދުގެ ތަރި އޮއްސިއްޖެ ކަހަލައެވެ. ގޮތްދޫ ނުކުރެއްވުމާ ތިމާނޫން މީހަކީ މީހެއް ނޫންކަމަށް ހެދިވަޑައިގެން އުޅުއްވުމުގެ ހިތި އަމިއްލަފުޅު ޕާޓީގެ ތެރެއިން ދެކެވަޑައިގަންނަވަން ޖެހި ވަޑައިގަތީއެވެ.

ވިސްނާ ބަޔަކަށް އިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ. އެތައް ބަޔަކުވީ ގުރުބާނީން ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ގެނައި ގެނައުމަކީ ރައީސް ނަޝީދު ގިނިކަންޏާ ކުރެއްވި މަސައްކަތްޕުޅުން ކުރެއްވި ކަމެއްކަމަށް ހެއްދެވިއެވެ. ދިގުލީ މައުމޫނުގެ ވެރިކަން ނިންމަން ބޭނުންވެފައި ތިބި ވަރުން އެންމެނަކު އޭރަކު ތިބީކީ ކަމުގެ ކްރެޑީޓް ނަގާ ގޮތަކަށް ނޫނެވެ. ދަނޑިވަޅުގެ ބޭނުން ނިކަން ރަނގަޅަށް ހިއްޕަވާ އިސްލާހީ ހަރަކާތުގެ ހުރިހާ މަސައްކަތެއްގެ ކުރެޑިޓް ރައީސް ނަޝީދު ނެންގެވިއެވެ.

އެމްޑީޕީގެ ތެރެއިން ލީޑަރޝިޕްއަށް އަތުވެދާނެ ކަމަށް ބެލެވުނު އެންމެންހެން ސިޔާސީ ގޮތުން ބޯ ހިއްލާލިޔަ ނުދެއްވާ ފައްސާ ނަގާލެއްވިއެވެ. އިބްރާއެއް މުނައްވަރެއް ވަހީދެއް މުހައްމަދު ޝިހާބެއް ކިޔާނެކަމެއް ނެތެވެ. ރީކޯ މޫސައާއި ޑރ. ޑީޑީއާއި މަވޯޓާ ޝަރީފް ފަދަ އެތައް ބަޔަކު ސިޔާސީ ގޮތުން ކަތިލާލެއްވިއެވެ. އާދެ މަސާހިބު ވެގެން ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ނެތް ކޮންމެ މީހަކީ އަބުރެއް އިއްޒަތެއް އިންސާނީ ކަރާމަތެއް ނެތް މީހަކަށް ހެއްދެވިއެވެ. އެހެން މީހުން ކޮށްފައިހުރި އެތައް ކަމެއްގެ ކްރެޑިޓް ނަންގަވާ މުޅި އެމްޑީޕީއަކީ ރައީސް ނަޝީދު ކަމަށްވެ ރައީސް ނަޝީދު ބޭނުންފުޅު ނުވާ އެއްވެސް ކަމެއް ނުހިނގާ ވަރަށް އެމްޑީޕީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ހެއްދެވިއެވެ. 

ވަތަންއެދޭ އިއްތިހާދުން ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބި ވަޑައިގަތުމުން މުޅި ރާއްޖެއަކީ ވެސް އެ މަނިކުފާނުގެ ގޮނޑިކޮއްކޮއެއް ކަމުގައި ދެކިވަޑައިގަތެވެ. ސިޔާސީގޮތުން އެ މަނިކުފާނާއި ހިޔާލު ތަފާތު އެޅިހާ ބަތަކަށް ރިހަނުވާ އެތައް ބަޔަކު ތިބިކަން ވިސްނި ވަޑައެއް ނުގަތެވެ. ނުފޫޒާ އަރާބާރާއި ބުއްދި ހުރީ އެ މަނިކުފާނުގެ އެކަނި ނޫންކަން ވިސްނި ވަޑައި ނުގަތުމުން ވެރިކަން ދޫކޮށްލައްވައި އެމްޑީޕީ އެކީ އެކައްޗަކަށް ނުރައްކަލަށް ވައްޓަވާލެއްވިއެވެ. އެމްޑީޕީއަކީ ރައީސް ނަޝީދުގެ ޖާހު މަތިކޮށްދީ ރައީސް ނަޝީދުގެ ދިފާއުގައި އަޑުއުފުލާ ގުރުންބާން ކަންބަޅިއެއް ގޮތުގައި ހެއްދެވީ އެމްޑީޕީ މެންބަރުންނަށް ހެވާ ރަނގަޅު ގޮތަކީ ހަމަ އެކަނި ރައީސް ނަޝީދު ކަމުގައި ދައްކުވައިގެންނެވެ.   

ދުނިޔޭގެ އޮޔާވައި އަބަދު ޖެހެނީ އެއްގޮތަކަށް ނޫނެވެ. ރައީސް ނަޝީދުގެ އަވާގައި ޖެހިފައި އެމްޑީޕީ އޮތް އޮތުން ބަދަލުވުމުގެ ވަގުތުޖެހި މެންބަރުންގެ ހަގީގީ ބާރުވެރިކަން ޕާޓީގެ ތެރޭގައި ހިނގައިގަތީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކު އެމްޑީޕީގެ ވެރިކަމެއް ކުރައްވަން ފެއްޓެވުމުންނެވެ. އެމްޑީޕީގެ ވެރިކަމަކަށް ވުރެ އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދު ނޫން ބޭފުޅަކު ވެރިކަން ކުރެއްވުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަން މެންބަރުން ތަޖުރިބާ ކުރަން ޖެހުމުންނެވެ. އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވެ ވަޑައިގެން ރައީސް ސާލިހު ކުރައްވަމުން ގެންދަވާ ހެޔޮވެރިކަމާ، އިދިކޮޅަށް ވުރެ ރައީސް ނަޝީދު އިދިކޮޅުވެ ވަޑައިގަތުމުންނެވެ. 

ނަތީޖާއެއްގެ ގޮތުން ޕާޓީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވަނިކޮށް ޕީޖީ ގްރޫޕްގެ އަތްޕުޅުން ދޫވެ ކޮންޓްރޯލު ގެއްލި ވަޑައިގެންފިއެވެ. ގިނަ ދައިރާތަކުން ގައުމީ މަޖިލީހަށް އާއްމު މެންބަރު އިންތިހާބު ކޮށްދިނީ ރައީސް ނަޝީދު ދެއްކެވި މީހާނޫން އަނެއް މިހާއެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީ އުފެދުނީއްސުރެ ގައުމީ މަޖީލީހުގެ މައްޗަށް ރައީސް ނަޝީދަށް އޮތް ބާރުވެރިކަން ނެތި އެމްޑީޕީގެ އެންމެ މުހިންމު ގުނަން ވެސް ގެއްލި ވަޑައިގަތީއެވެ.  އެއާއި އެކު ކޮންގްރަސް ބީވެ އެންމެ ފަހުން ރިޔާސީ ޓިކެޓްވެސް ގެއްލި ވަޑައިގަތީއެވެ. 

]]>
Sun, 29 Jan 2023 08:44:07 +0500 ހީރަސް
ރައީސް އިބޫ %77 ކުރީގައި https://heerasnews.com/968 https://heerasnews.com/968 އެގްޒިޓް ޕޯލްގެ ނަތީޖާ 4:00 އާ ހަމައަށް ދައްކާ ގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބޫ ވަނީ %77 ގެ ކުރިއެރުން ހޯއްދަވާފައި ކަމަށް ޚަަބަރު ލިބެއެވެ. 

ރާއްޖޭގެ އުތުރާ ، މެދުރާއްޖެތެރެ އަދި އައްޑޫގައި އޮމާން ކަމާ އެކު ވޯޓް ކުރިއަށް ދަނީ ބޮޑު ތާއީދެއް ރައީސް އިބޫއަށް އޮވެގެން ކަމަށް ދައްކައެވެ. 

އަސުރުން ދަށްވި އިރުވެސް މާލޭގައި ވޯޓްލާން ނުކުންނަ އަދަދު އިންތިހާއަށް މަދު ވުމަކީ ރައީސް ނަޝީދުގެ މާޔޫސްކަން ބޮޑުވި ސަބަބެއް ކަމަށް ގަބޫލު ކުރެވެއެވެ. 

އޭގެ ފަހުން ބައެއް މަދު ވޯޓް ފޮށިތަކެއްގެ ކައިރީގައި އެކި ބާވަތުގެ ތުހުމަތު އުފައްދާ ހަމަ ނުޖެހުން ހިންގުމުގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަށް ޙަރަކާތްތެރިވާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އެއީ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނެ ކަންކަމެއް ކަމަކަށް ނުބެލެވެއެވެ. އެހެން ކަމުން މިއަދުގެ ވޯޓުލުން މުޅިރާއްޖޭގައި ކުރިއަށް ދަނީ އޮމާން ކަމާ އެކުކަން ފާހަގަ ކުރެވެއެވެ. 

ޚަބަރު ލިބޭ ގޮތުން މިރޭގެ ނަތީޖާ އެކު، މިޕްރައިމަރީގައި ރައީސް ނަޝީދު ފަޅިއަށް ވަޑައިގަތް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ފަދަ ބޭފުޅުން ކޮންސީޑް ކުރައްވާ 2023 ގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެންޑޯޒް ކުރައްވާ ރައީސްއާއި އެކު ކުރިއަށް ދިއުމަށް ނިންމާނެއެވެ.

]]>
Sat, 28 Jan 2023 16:38:45 +0500 ހީރަސް
ޕްރައިމަރީން އަންނި ބަލިވެއްޖެ ކަން އިއުލާން ކޮށްފި https://heerasnews.com/962 https://heerasnews.com/962 އިންތިހާބެއްގައި  ނަތީޖާ  އިއުލާން  ކުރުމުގެ  ކުރިން ވޯޓުވެސް ނުލަނީސް  ބަލި  ގަބޫލު  ކުރާ  ގޮތަކީ  ކުސަ  ދެމުމާ  ޝަކުވާ  ކުރުމާ  ޝައްކު  އުފެއްދުމެވެ.  މާދަމާ  އޮންނަ  އެމްޑީޕީގެ  ޕްރައިމަރީގައި  ވާދަކުރައްވާ  ރައީސް  ނަޝީދު  ބަލިވެއްޖެ  ކަން  މިދެންނެވި  މޭރުމުން  އިއުލާން  ކުރެއްވީ  ރައީސް  ނަޝީދުގެ  އިންތިހާބީ  އޭޖެންޓް  އަލްއުސްތާޒް  ހަސަން  ލަތީފެވެ. 

ހުކުރު  ދުވަހު  މެންދުރު  ފަހު  ބޭއްވި  ނޫސްވެރިންގެ  ބައްދަލު  ވުމުގައި  މި އިންތިހާބްގެ  ނަތީޖާ  އޮޅުވާލަން  އުޅޭ  ކަމުގެ  މައުލޫމާތު  ލިބިފައިވާ  ކަމަށް  ހަސަން  ލަތީފު  ވިދާޅުވުމަކީ  މިދެންނެވި  ގޮތަށް  ރައީސް  ނަޝީދު  ބަލި  ގަބޫލު  ކުރެއްވީ  ކަމަށް  ބެލެއެވެ. 

2018  ގެ  ރިޔާސީ  އިންތިހާބްގެ  ބަލި  ރައީސް  ޔާމީން  ވެސް  އިއުލާން  ކުރެއްވީ  ހަމަ  މިކަހަަލަ  ގޮތަށެވެ.  ޖެހި  ފާހަގަ  ތިރިއަށް  ވެއްޓުމުގެ  އަޖައިބު  ތަކުން  ފުރިގެންވީ  ބަހަނާ  ތަކާ  އެކު  ސުޕްރީމް  ކޯޓުގައި  އެކުރެއްވިހާ  އަނބުރާ  ހޭރިޔާ  ކުރުމަކީ  މިދެންނެވި  ގޮތަށް  ބަލި  ހަޖަމް  ނުވުމުގެ  އަލާމާތް  ތަކެވެ.

ކެމްޕޭންގެ  ފަހު  ރެލީގައި  ވެސް  ދެ ގޮނޑިބަރި  ދޭތެރޭ  ހަނި  ގޯޅިއެއްހާ  ތަން  ބާއްވައިގެން  ބޭއްވި  ޖަލްސާ  ގައި  ގިނައީ  ޕީޕީއެމް  މީހުން  ކަން  ރައީސް  ނަޝީދަށް  އެނގިވަޑައިގަތީ  ސްޓޭޖަށް  ހުއްޓި  ވަޑައިގެން  ކްރައުޑް  ރަނގަޅަށް  ބައްލަވާ  ލެއްވީމައެވެ.  އެހިސާބުން  އެމަނިކުފާނުގެ  މޫޑް  ސްވިންގ  ވެ،  ސްޕީޗް  އޮޔާ  ގޮސް  އޭތި  މީތި  ވިދާޅުވެ  އަތްތިލަ  ބަޑި  ޖަހަމުން  އެތެރެހައްޓަށް  ބަޑި  ފަޅައިގެން  ގޮސް  ކުއްލިއަކަށް  ޖަލްސާ  ދޫކުރައްވާ  ވަޑައިގަތީ އެވެ.  

އޭގެ  ފަހުން  ހުކުރު  ދުވަހުގެ  މެންދުރު  ފަހު  ހަސަން  ލަތީފް  މެދުވެރި  ކުރައްވާ  ނަތީޖާ  އޮޅުވާލާނެ  ކަމުގެ  މައުލޫމާތު  ލިބެއޭ  ވިދާޅުވެ  ހަގީގަތުގައި  އެކުރެއްވި  ކަމަކީ  ބަލި  ގަބޫލް  ކުރެއްވުމެވެ. 

އެންމެ  ފުރަތަމަ  ވެސް  މި ޕްރައިމަރީ  އިން  ބަލިވާނެކަން  ގަބޫލް  ކުރައްވާ  ކުރިމަތި  ނުލައްވާނެ  ކަމަށް  ވިދާޅުވި  ކަމަށް  ވެއެވެ.  އެހެން  ނަމަވެސް  އަރިހުގައި  ތިއްބެވި  ބައެއް  ބޭފުޅުން  ދޫނުކޮށް  ކުރިމަތި  ލައްވަން  ދަންނަވާ  ވަރުން  ޕްރައިމަރީއަށް  ނުކުމެވަޑައިގަތީ  ކަމަށް  މައުލޫމާތު  ލިބެއެވެ.

ރައީސް  ނަޝީދަށް  ބޭނުންވާ  ރެސްޓާ،  ސިކުނޑީގެ  ހަމަ  ޖެހުން  ލިބުނަ  ނުދީ  އެ މަނިކުފާނަށް  ޕްރެޝަރު  ކޮށްގެން ނެރެ  ގަނަ  ތަޅުވާ  ބަޔަކު  އަރިހުގައި  ތިބެގެން  އެ މަނިކުފާނު  ރޭރު  ކުރަން  މަސައްކަތް  ކުރާ  އިރު  އޭގެ  ފަހަތުގައި  ތިބީ  ރައީސް  ޔާމީނާ  އިދިކޮޅު  ޕީޕީއެމަށް  ވަފާތެރި  މީހުންނެވެ.

]]>
Fri, 27 Jan 2023 16:57:50 +0500 ހީރަސް
ނަޝީދު ވެރިކަމަށް ގެނެސްގެން ހިޔާވަހިކަން ދޭން ވާނީ ލަސް! https://heerasnews.com/961 https://heerasnews.com/961 އެމްޑީޕީގެ އަމާޒުތަކަށް ވާސިލުވުމަށް ރައީސް ސާލިހު އިންތިހާއަށް އިހުމާލުވެ ވަޑައިގެންފިކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންތައްތަކެއް އެބަވިދާޅުވެއެވެ. ރިޔާސީ ޕްރައިމަރީއަށް ނިކުމެވަޑައިގަންނަވާ ވެރިކަން ހޯއްދަވަން ރައީސް ނަޝީދު އުޅުއްވަނީ އެކަންކަން ހާސިލު ކޮށްދެއްވަން ކަމަށް އެވިދާޅުވާ ކަންކަމަކީ ރައީސް ސާލިހު ސަރުކާރުން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ކަންކަމެވެ. ރައީސް ނަޝީދު އެވިދާޅުވާ ކަންކަން ހާސިލުކުރެވެމުން ނުދާކަމަށް ރައީސް ނަޝީދު އެވިދާޅުވާ ކަންކަން ފުރިހަމަ ވަމުންދާތަން ރައީސް ނަޝީދަށް ފެނިވަޑައި ނުގަތުމަކީ އެމަނިކުފާނުންގެ ވިސްނުންފުޅުގެ ކޮށިކަމެވެ. ނޫނީ އެއީ ރައްޔިތުންނަށް އޮޅުވާލައްވާ އޮޅުވާލުމެކެވެ. އެހެނަސް އެކަންކަން ރައްޔިތުންނަކަށް ނޯޅެއެވެ.

ރައީސް ނަޝީދު ހާސިލުކުރައްވަން އަމާޒު ހިއްޕަވާ ކަންކަން ކަމަށް ވިދާޅުވާ ކަންކަމުގެ ތެރެއިން ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް ސާލިހު އަމަލު ކުރައްވަމުން ގެންދަވާ ގޮތަށް މިދަނޑި ވަޅު ބަލާލުން މުހިންމެވެ.

ބޯހިޔާވަހިކަން:

ނަޝީދުގެ އަމާޒު:

  • ސަރުކާރާއި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން
  1. ދިގު ނުދަންމާ ގޯތި ކަނޑާފާ ދިނުން
  2. ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުން
  3. ގޯތިބިނާ ކުރުމަށް ފައިނޭންސް ކުރާނެ ގޮތް ހަމަޖައްސާދިނުން

ރައީސް ސާލިހު ހާސިލު ކުރައްވާ މިންވަރު:

  • ދިގު ނުދަންމާ ގޯތި ކަނޑާފާ ދިނުން: މާލޭގެ ރައްޔިތުންނަށް 3000 ގޯތި ދެއްވަން ކަނޑައަޅުއްވާ އެކަމަށް އެދޭ ފަރާތްތައް ހޯއްދަވާ ގޯތި ދޭނެ ބިންތައް ކަނޑައަޅުއްވާ ހައްގުވާ މީހުން ޝޯޓު ލިސްޓްކޮށް 2023ގެ ޖުލައިމަހުގެ ކުރިން ގޯތި ހަވާލު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާ ވަނީ ނިމިފައެވެ.
  • ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުން:

ހ. ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމަށްޓަކައި 18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް ހުންނާނެއެވެ.

ށ. 4000 ފްލެޓް "ގެދޮރުވެރިޔާ" ސްކީމަށް ހާއްސަކޮށްގެން 54 ޓަވަރުގައި ޖުމްލަ 6175 ފްލެޓް އެހެރެދަނީ ނިމެމުންނެވެ. އެތަންތަނަކީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން އިމާރާތްކޮށް 2024ގެ މެދުތެރެއަށް ދާންވާއިރު ހުރިހާތަނެއްގައި މީހުނަށް ދިރި އުޅެވޭވަރު ކޮށްދެވޭނެތަންތަނެވެ.

ނ. އަތޮޅުތަކާއި މާލެނޫން ސިޓީތަކުގައި އެތައް ސަތޭކަ ފްލެޓެއް ދަނީ އިމާރާތްކުރެވި ނިމެމުންނެވެ. ބިން އޮތް ރަށްރަށުން ލޭންޑްޔޫސް ޕްލޭން ކައުންސިލްތަކުން ނިންމަމުން ދާވަރަކަށް ގޯތިދެވެން ހުރިރަށްރަށުން އެގެންދަނީ ގޯތި ދެމުންނެވެ.

  • ގޯތިބިނާ ކުރުމަށް ފައިނޭންސް ކުރާނެ ގޮތް ހަމަޖައްސާދިނުން: އެޗްޑީއެފްސިއާއި އެހެނިހެން މާލީ އިދާރާތައް މެދުވެރިކޮށް އިންޓްރެސްޓް ކުޑަކޮށް ގެދޮރުވެރި ކަމަށް އެތައް ހާސްލޯނެއް ވަނީ ދީފައެވެ. ދަނީ ދެމުންނެވެ. 

ރައީސް ނަޝީދުވެރި ކަމަށް އެނބުރި ވަޑައިގަތަސް އެކަންމަށް މިހާރު ނުވާ އަވަހެއް ނުވާނެއެވެ. މިހާރު ކަންކަން ކުރިއަށް ގެންދާ އުސޫލުތައް ބަދަލުކޮށް ކަންކަން އިތުރަށް ހަމަޖައްސަން އިތުރު ވަގުތު ނެގުން ނޫންކަމެއް ނުވާނެއެވެ. ވިއްޔާ ވާނީ ލަހެވެ. އޮތްގޮތް ބަދަލުކޮށް ލަސްކޮށް ފަސްކުރުމަށް ބޭނުން ނުވާނަމަ ހިނގަމުންދާ ކަންކަން ރޭވިފައިވާ ތަރުތީބުން ކޮށްނިންމުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް އެމްޑީޕީން ހޯދާ ދިނުމަށްވުރެ އެމްޑީޕީއަށް ވެސް ރައްޔިތުންނަށް ވެސް މޮޅު އެހެން ގޮތެއްނެތެވެ.

]]>
Fri, 27 Jan 2023 12:35:49 +0500 ހީރަސް
ޕީޕީއެމް މީހުން ގިނަކަމުން ނަޝީދު ޖަލްސާ ދޫކުރައްވައިފި https://heerasnews.com/959 https://heerasnews.com/959 ކުރިއަށްދާ  އެމްޑީޕީ  ޕްރައިމަރީގައި  އިދިކޮޅު  ޕީޕީއެމް  މީހުން  ގިނަވެ  ރައީސް  ނަޝީދު  ކުއްލި  އަކަށް  ޖަލްސާ  ދޫކުރައްވާ  ވަޑައިގެންފިއެވެ. 

މިކަމާ  ގުޅިގެން  މައުލޫމާތު  ހޯދުމަށް  ހީރަހުން  ކުރި  މަސައްކަތުން  އެނގުނީ،  ރައީސް  ނަޝީދަށް  ނުރައްކަލެއް  އޮތް  ކަމުގެ  އެއްވެސް  އިންޓެލިޖެންސެއް  އޮތްކަން  ކަމާ  ބެހޭ  ރަސްމީ  އިދާރާތަކަށް  ފާހަގަވެފައި  ނުވާ  ކަމެވެ. 

އެހެންނަމަވެސް  މިކެމްޕޭން  ފެށުމާ  އެކު  ރައީސް  ނަޝީދުގެ  ބަހުރުވަ  ރައީސް  ޔާމީނާ  ޕީޕީއެމް  އާ  އެއްކޮޅަށް  ދީލާ  ލެއްވިއެވެ.  އެއާ  އެކު  ރައީސް  ނަޝީދުގެ  ކެމްޕޭން  ގައި  ޕީޕީއެމް  އެކްޓިވިސްޓުންނާ  މީޑިއާ  ތަށް  މަސައްކަތް  ކުރަނީ  ރައީސް  ނަޝީދާ  އެއްކޮޅަށެވެ.  

އަދި  ރައީސް  ނަޝީދުގެ  އެއްވުންތަކާ  ރެލީ  ތަކަށް  ވެސް  ގިނަ  ޢަދަދެއްގެ  ޕީޕީއެމް  މީހުން  ހާޒިރުވެއެވެ. 

ކެމްޕޭން  ނިންމުމަށް  މާލޭގައި  ރައީސް  ނަޝީދު  ބޭއްވި  ޖަލްސާއިން  ހީނުކުރާ  ވަރުގެ  ގިނަ  ޢަދަދެއްގެ  ޕީޕީއެމް  މީހުން  ތިބިކަން  ފާހަގަވެ    ރައީސް  ނަޝީދު  ކުއްލި  އަކަށް  ޖަލްސާ  ދޫކުރައްވާ  ވަޑައިގަތީއެވެ. 

ރައީސް  ނަޝީދު  ވަށާ  ގިނަ  ޢަދަދެއްގެ  ޕީޕީއެމް  މީހުން  ތިބުމަކީ  އެމަނިކުފާނަށް  ރައްކާތެރިކަމެއް  ނޫންކަމަށް  ގަބޫލު  ކުރެވެއެވެ.

]]>
Thu, 26 Jan 2023 23:38:07 +0500 ހީރަސް
ދީވަލްޕާ ޔާމީނު އަންނި ކޮނޑަށް ސަވާރުވެ ބަނދެލައިފި! https://heerasnews.com/957 https://heerasnews.com/957 އެމްޑީޕީގެ މެންބަރުން ވިސްނާ ހޭއަރާ ރައްކާތެރި ވާށެވެ. ޔާމީނުގެ ނުބައި ނުލަފާ ރޭވުމުގައި ބަދެވި ޕަޓީއަނެއްކާ ވެސް މަގުމަތިކޮށް ނުލާށެވެ. ރައީސް ނަޝީދަށް މާހެވެއް އެދިގެން މިހާރަކު ޕީއެމުން މިއުޅެނީކީ ސަހަލު ކަމެއްގައެއް ނޫނެވެ. ޒަމާންވީ ދެ މިތުރުން ވަކިކޮށް އެމްޑީޕީ ބައިބައިކޮށް ގަޑުބަޑު ކުރުމުގެ ފަހަތުގައި ހުރީ ޔާމިނު ނޫން ދެވަނަ މީހެއް ނޫނެވެ. ކިތަންމެ ރަނގަޅު މީހަކުވެސް އިބިލީހުގެ ވަސްވާހުގައި ޖެހި ހަލާކުވެގެން ހިގައިދާނެއެވެ.

ރައީސް ނަޝީދަކީ އެމްޑީޕީއަށްޓަކާ ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭ ތަނެއްގައި މީގެކުރިން ފަހަތަށް ޖެހި ވަޑައިގެން ބޭފުޅެކެވެ. ޔާމީނުގެ މަކަރާ ހީލަތުން ދެމި ގުއިރޯނުގައި ޖެހި ވަޑައިގެން ރައީސް ނަޝީދު ވެރިކަން ދޫކޮށްލައްވާ އެ ފަހަރުވެސް މަގުމަތިވެ ވަޑައިގަތީއެވެ. ހަތް އަހަރުވަންދެން އެމްޑީޕީ މަގުމަތިކުރީ ޔާމީނު ދުރާލާ ރާވައިގެންނެވެ.

އެމްޑީޕީ އިސްވެ އޮވެ އުފެއްދި ސަރުކާރު ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރާތަން ދެކެން ޔާމީނަކަށް ކުޅަދާނައެއް ނުވާނެއެވެ. ދަނޑިވަޅު ބަލާ ޔާމީނު މަސައްކަތް ކުރީ ރައީސް ނަޝީދުގެ ވިސްނުންފުޅު ހަރާބު ކުރުމަށެވެ. ރައީސް ސާލިހާމެދު ރައީސް ނަޝީދުގެ ހިތްޕުޅުގައި ނަފްރަތުގެ އޮއް އިންދާ ބޮޑުކުރީ އެއް ދުވަހަކުން ދެދުވަހަކުން ނޫނެވެ. އެއްބުރުން ޔާމީނު ބަލިކުރައްވާ ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމުން ޔާމީނު ހިތުގައި އުފެދުނު ހަސަދައިގެ އަލިފާނަށް އަޅާން ބޭނުންކުރާ ޕެޓްރޯލަކީ ރައީސް ނަޝީދުކަމަށް ހެދިއެވެ.

ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ދެން ނާދެވޭނެ ކަމަށް ޔާމީނު ގަބޫލުކުރެއެވެ. އެ ވިސްނުން ރައީސް ނަޝީދުގެ ހިތްޕުޅުގައި ޔާމީނު އަށަގެންނެވީ ޔާމީނު އިތުބާރު ކުރާ ރައީސް ނަޝީދުގެ ރަހުމަތްތެރިން މެދުވެރިކޮށެވެ. އެ މީހުން މެދުވެރިކޮށް ރައީސް ނަޝީދަށް ރައީސް ސާލިހު ކުޑައިމީސްކޮށް ކަންކަން ކުރައްވާ ކަމުގެ އިހުސާސް ކުރުވަން ފެށިއެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ ރައީސް ނަޝީދަށް ސަރުކާރު ހިންގުމުގެ ބާރުތައް ފޮރޮޅާލުމަށް އެއްބާރުލުން ދިނުމަށް ޔާމީނު މަކަރުވެރި ގޮތެއްގައި އެއްބަސް ވިއެވެ. ޔާމީނުގެ ބޭނުމަކީ އެމްޑީޕީގެ ލީޑަރޝިޕް ބައިބައިކޮށްލާ ވެރިކަން ފިރުކާލުމެވެ. ބަރުލަމާނީ ނިޒާމަކުން ވެރިކަން ހޯދުމެވެ.

ޔާމީނުގެ މައިގަޑު އަމާޒަކީ އެމްޑީޕީގެ ވެރިކަމެއްގައި އެއްކަމެއް ވެސް ވިޔަނުދިނުމެވެ. ރައީސް ސާލިހަށް ނިކަން ރަނގަޅަށް ޔާމީނު މި ގަންނަގަނޑު ވިސްނިވަޑައިގަންނަވައެވެ. ޔާމީނު ދޮންކޮށްފާ ދޫކޮށްލާ އުންޑަ ރައީސް ސާލިހު ގެންދެވީ ކެތްތެރިކަމާއެކު ފިނިކޮށް މައިތިރި ކުރުވަމުންނެވެ. ރައީސް ނަޝީދާ ޖަދަލު ނުކުރައްވާ ޕާޓީގެ މަސްލަހަތު އިސްކުރައްވައިގެން ކަމެއް ގޯސްވިޔަ ނުދެއްވާ ގެންދެވީ ހިފަހައްޓަވަމުންނެވެ. ޖަދަލުކުރެއްވުމާ ބަދަލު ހިއްޕެވުމުގެ ޒައްރެއްގެ މިންވަރު ވެސް ކުރިއަށް ނުނެރުއްވައެވެ. ބަސްގިނަ ކުރައްވާ އަޑުލާ ނުހައްދަވައެވެ. ސިޔާސީ މަގާމު ތަކުގައިި ތިއްބަވައިގެން ރައީސަށް ފުރައްސާރަކޮށް ފަސްކޮށް ލަސްކުރިޔަސް އެމްޑީޕީ މީހަކަށް ނިކަމެތިވާނެ ގޮތެއް ރައީސް ސާލިހު ނުހައްދަވައެވެ.  މަސައްކަތްޕުޅު ކުރެއްވީ ރައީސް ނަޝީދަށް ކަމޭ ހިއްތަވާ ހައްގު މަގާމު ދެއްވައިގެން ޕާޓީގެ ހައްގުގައި މަސައްކަތް ކުރެއްވުމަށެވެ.

ރައީސް ސާލިހު ކިތަންމެ ކެތްތެރިކަމާއެކު އެމްޑީޕީ ނަގަހައްޓާ ދަމަހައްޓަވަން މަސައްކަތް ކުރެއްވިޔަސް ރައީސް ނަޝީދު ހުންނެވީ އެމްޑީޕީއަށް ވުރެ އަމިއްލަފުޅު ފިކުރެއް ދިރުވުމަށް ފައިންޕުޅު ވިއްދަވައިގެންނެވެ. ރައީސް ނަޝީދުގެ ކޮނޑުފުޅަށް ޔާމީނު ވަނީ ދީވަލްޕާ އެއްހެން ސަވާރުވެފައެވެ.

]]>
Thu, 26 Jan 2023 12:43:49 +0500 ހީރަސް
މީހުންލައްވާ ނަންގުވާ ރިޝްވަތުގެ އެއްބައި ނަޝީދަށް https://heerasnews.com/953 https://heerasnews.com/953 ފާޅުކަން ބޮޑުގޮތެއްގައި ރިޝްވަތު ނެގުމަށް ރައީސް ނަޝީދު ގޮވާލެއްވުމަކީ ބިރުހުރި ކަމެކެވެ. ރިޝްވަތަކީ ރިޒުގުކަމަށް ސިފަކުރައްވާ " ރިޒުގުގައި އަތް އަޅަން" ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމަކީ އާދައިގެ ކަމެއް ނޫނެވެ.

އިސްލާމީ ދައުލަތެއްގެ އެންމެ މަތީވެރިޔާގެ މަގާމު ފުރުއްވާ އެމަގާމަށް އެނބުރި ވަޑައިގަތުމަށް ފައިންޕުޅު ނަންގަވައިގެން ހުންނެވި ބޭފުޅަކު ރިޝްވަތަކީ ރިޒުގުގެ ގޮތުގައި ސިފަކުރެއްވުމަކީ ނުރައްކާތެރި ކަމެކެވެ. އިސްލާމުދީނުގައި ރިޝްވަތުދިނުމާ ހިފުމުގެ ނުބައިކަމަކީ ކޮންމެ މުސްލިމަކަށް އެގޭ ބޮޑުފާފައެކެވެ.

ރިޝްވަތު ނެގުމަށް އާންމުންނަށް ރައީސް ނަޝިދު އިލްތިމާސް ކުރެއްވުމުން ނަޝީދުގެ ހަސީލަތުގެ ހުރި ނުބައިކަން ހާމަވެގެން ދިޔައެވެ. ވާދަވެރިން ބަލިކުރުމުގެ ކެމްޕޭން ސްޓަންޓެއްގެ ގޮތުގައި ވިދާޅުވިޔަސް އެކަމުން ސާފުވެގެން ދަނީ އެ މަނިކުފާނަކީ ރިޝްވަތު ދިނުމާ ރިޝްވަތު ހޯދުމުގައި ވަރަށް ކުރީގައި ހުންނެވި ބޭފުޅެއްކަމެވެ. ވޯޓުގަތުމަށް ވާދަވެރިން ރިޝްވަތު ދޭނެކަމަށާއި އެރިސްވަތުގައި ހިފާ އެމަނިކުފާނުގެ ކެންޕޭނަށް ހަރަދު ކުރަން އެމަނިކުފާނަށް ދިނުމަށް އާއްމުންގެ ކިބައިން އެދިވަޑައިގަތުމުން ރިޝްވަތަށް ނަޝީދު ބޫތުކައިފާ ހުންނެވި ވަރު ހާމަ ވެގެން ދެއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ޖީއެމްއާރަށް އެއަރޕޯޓު ހިންގަން ހަވާލު ކުރުމުގައި އެމަނިކުފާނު މިލިޔަނުން ރިޝްވަތު ހޯއްދެވި ކަމަށް ކިޔާ އުޅުނެވެ. ރައީސް ނަޝީދުވެރި ކަމުގައި އެއަރމޯލްޑިވްގެ މައްސަލަ ރާއްޖެއަށް ބޮޑުގެއްލުމެއް ވާހެން ކޯޓުން ބޭރުގައި ހަމަޖެއްސީ މެލޭސިޔަން ހެލިކޮޕްޓަރއިން މިލިޔަނުން ޑޮލަރު ނަންގަވައިގެން ކަމަށްވެއެވެ. ދަތުރުފަތުރު ނިޒާމު ތައާރަފްކުރުމުގައި ރައްޓެހިންގެ ކުންފުނިތަކަށް ރަށްތައް ދޫކޮށްގެން އެކުންފުނި ތަކުން އަދިވެސް ރައީސް ނަޝީދަށް ބައިއަޅާކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

މެޖޯރިޓީ ހިއްސާ ރާއްޖެއަށް ގެއްލޭގޮތަށް ބޭރު ކުންފުންޏަކަށް ދިރާގު ވިއްކާލީ އެތައް މިލިޔަން ޑޮލަރެއްގެ ރިޝްވަތު އަމިއްލަފުޅު ޖީބަށް ލައވާފައިކަން ނޭނގެނީ ކާކަށް ހެއްޔެވެ. އެޕޯލޯއަށް އައިޖީއެމްއެޗް ދޭން އުޅުނު އުޅުމުގައާއި ގިޔާސުއްދީން ސްކޫލު އިންޓަނޭޝަނަލް ކުރުމުގެ ތެރެއިންވެސް ރައީސް ނަޝީދު ރިޝްވަތު ނެންގެވި ކަމަށް ވެއެވެ. ފްލޯޓިންގ ސިޓީ މަޝްރޫއުން ދެ ފަހަރަށް މިލިޔަނުން ޑޮލަރުގެ ރިޝްވަތު ހޯއްދެވި ކަމަށް ވެއެވެ. ބައިނަލްއަގުވާމީ ގޮތުން ލިބޭ ތިމާވެއްޓާއި އިޔާދަކުރަނިވި ހަކަތައިގެ ކޮންމެ މަޝްރޫއަކުން ރައީސް ނަޝީދަށް ރިޝްވަތުގެ ގޮތުގައި އެތައް މިލިޔަން ޑޮލަރު ލިބިލިބި ހުންނަ ކަމަށް ވެސްވެއެވެ.

ރައީސް ޔާމީނު ވެރިކަމުގައި ގާނޫނުއަސާސީއަށް ބަދަލުގެނެސް އަދީބަށް ނައިބު ރައީސްކަން ދިނުމަށާއި ސްޕްރީމްކޯޓުގެ ބެންޗް ކުޑަކުރުމަށައި ފާފުއަތޮޅު ވިއްކަން ފަސްކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އެމްއެމްޕީއާރުސީ ހިޔާނާތުން ރިޝްވަތު ހޯދާދެއްވާ މެންބަރުންނަށް ލިބުނު ރިޝްވަތުގެ ދެބައިކުޅަ އެއްބައި ހޯއްދަވައިގެން ޔަމީނު އެދުނުގޮތަށް ކަންކަން ފާސްކޮށް ދެއްވީ ސީދާ އެމްޑީޕީގެ ރައީސް މުހައްނަދު ނަޝީދު ކަމަށް ހެކި ލިބެއެވެ. ކުރެއްދުއަށް ވަޑައިގެން އުއްޗު އަތުން ނެގި ރިޝްވަތުން ނުވެގެން އެންމެ ފަހުން ރައްޔިތުންގެ ނުފޯރުން ތެރިކަމުގެ ފައިދާ ނަންގަވައިގެން އެމީހުން ރިޝްވަތަށް ހުށަހަޅުވާ އެއިގެ ދެބައިކުޅަ އެއްބައިވެސް ހޯއްދަވަން ދިމާކުރެއްވީއެވެ.

]]>
Wed, 25 Jan 2023 14:37:11 +0500 ހީރަސް
ނަޝީދަށް ވޯޓުގަންނަން މެޑަމް ފާތުން ފައިސާ ބަހަނީ! https://heerasnews.com/949 https://heerasnews.com/949 ކުރާނީ ކީއްހެއްޔެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްލައްވައިފިއެވެ. ޔާމީނުގެ މަސްލަހަތަށްޓަކާ ވެރިކަން ދޫކޮށްލައްވާ އެމްޑީޕީ މަގުމަތި ކުރެއްވި ގޮތަށެވެ. ޔާމިނުގެ އަނިޔާވެރިކަން ނަޝީދު ހަނދުމަފުޅު ނެތިއްޖެއެވެ. https://twitter.com/HKurusee/status ޖަލު ހުކުމުގައި 13 އަހަރަށް އޮންނަވަނިކޮށް މިނިވަން ކޮށްދެއްވި ޒަމާންވީ މިތުރަށްވުރެ ޖަލުގައި އޮންނަވަނިކޮށް ބޭސް ކުރުމުގެ ނަމުގައި ޑީލަކުން ބޭރަށް ފުރުވާލަދިން ދުޝްމަނު މާ ރަނގަޅު ވެއްޖެއެވެ.

ހިތް ތަކުން ޖާގަ ދީގެން ވީހާލެއްގައި ވެގެން ލޯތްބާއެކު ނިކުމެ ރައީސް ނަޝީދަށްޓަކާ ރެޔާދުވާލު ނުކައި ނުބޮއި އުޅުނު އެމްޑީޕީގެ މެންބަރުންނަށް އަނިޔާވެރިވީ އަދާވަތްތެރި ޔާމިނު މިއަދު ރައީސް ނަޝީދަށް މާ ރަނގަޅު ވެއްޖެއެވެ. އެމްޑީޕީގެ ލޮބުވެތި މެންބަރުންގެ އިހުސާސަށް އިހުތިރާމެއް ނުކުރެއްވިއެވެ. ލޮލުން ބޮލުން އެދިވަޑައިގެން ޔާމީނާ ދެކޮޅަށް ގެނައި އެމްޑީޕީ ވެރިކަން ނިންމާލަން ރައީސް ނަޝިދު ހުންނެވީ ފޫގަޅުއްވައިގެނެވެ.

އެމްޑީޕީން ވެރިކަން ފިރުކާލާ އެމްޑީޕީ މީހުން މަގުމަތި ކުރަން ޔާމީނު ޖެހިމަޅިން ނުނެއްޓެވި އޭގެ އަސީރަކަށް ރައީސް ނަޝީދު ނިކަން ރަނގަޅަށްވެ ވަޑައިގެންފިއެވެ. ރައީސް ނަޝިދަށް ނެތް ވެރިކަމެއް އެމްޑީޕީގައި އޮތަ ނުދެއްވަން ޕްރައިމަރީ ގަޑުބަޑު ކުރައްވައިގެން ވެރިކަން އެމްޑީޕީއަށް ގެއްލުމުން ޔާމީނުގެ މަގުސަދު ނިކަން ރަނގަޅަށް ހާސިލު ވެގެންދާނެއެވެ.

 

އިންޑިއާ އައުޓު ނޫން ޔާމީނު ކުރިހާ ކަމަކާއި ކުރާހާ ކަމެއް ރައީސް ނަޝީދަށް ކަމު ހިގައްޖެއެވެ. އެމްޑީޕީ މެންބަރުން ކިތަންމެ ބޭނުން ވިޔަސް ޔާމީނުގެ ހިޔާނާތުގެ މައްސަލަތައް ބެލުމާއި ޔާމީނު ހައްޔަރު ކުރުމަކީ ރައީސް ނަޝީދު ރުހިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރު ހިންގުމަށް އެއްބާރުލުން ދެއްވުމުގެ ބަދަލުގައި އިދިކޮޅަށްވުރެ އިދިކޮޅުވެ އުޅުއްވުން ރަނގަޅުފުޅުވެ ފާޅުކަން ބޮޑު ހެކިތައް ހުއްޓާ ދެއަކުރުގެ އޮޅުމެއްގައި ޔާމީނަށް ކުށް ސާބިތު ވިޔަ ނުދެއްވުން ވެެސް ރައީސް ނަޝީދަށް އޯކޭ ވެވަޑައިގެންފިއެވެ.

އާނއެކެވެ. އެމްޑީޕީގެ ޕްރައިމަރީ ހަރާބު ކުރުމަށް ޕީޕީއެމުން ކުރާ ކޮންމެ ކަމެއް ރައީސް ނަޝީދަށް ކަމުދެއެވެ. ކެންޕޭން ތަކުގައި ރަށްރަށުން މަރުހަބާ ކިޔަންވެސް ރައީސް ނަޝިދަށް ކަމުދަނީ ޕީޕީއެމް މީހުނެވެ. ފުވައްމުލަކުގައި އޮންނަ ފިކުރެއްގެ ދިރުމުގެ ޖަލްސާއަށް ވެސް ޕީޕީއެމުން މީހުން ނިކުތުމަށް ޕީޕީއެމް ލީޑަރޝިޕުން ދަނީ އަންގަމުންނެވެ. ރައީސް ނަޝީދުގެ ޕްރައިމަރީ ކެންޕޭން ނިންމުމަށް މާލޭގައި އޮންނަ ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމުގެ ކަންކަން ޕީޕީއެމުން ދަނީ ކުރަމުންނެވެ. ފިކުރެއްގެ ދިރުމުގެ ޓީޝާޓްތައް ޕީޕީއެމުން ތައްޔާރުކޮށް ދަނީ ބަހަމުންނެވެ. ރައީސް ނަޝީދަށް ކިޔާ މަރުހަބާގެ ސަފުތައް ދިގުކޮށްލަން ފައްޗަށް އަމުނާލަން ރައީސް ނަޝީދަށް މިހާރު އެންމެ ކަމުދަނީ ވެސް ޕީޕީއެމް މީހުނެވެ. ވަނީ އެހެންތާއެވެ. ނަޝީދަށް މަރުހަބާ ކިޔާށާއި ވޯޓު ގަތުމަށް ފައިސާ ބަހަނީ ޔާމީނުގެ އަންހެނުން ފާތުންއެވެ. ހާމަކަން ބޮޑު ގޮތެއްގައި ނަޝީދު ގޮވާ އެ ލަނީ ފަތުންދޭ ރިސްވަތުގައި ހިފުމަށެވެ. 

]]>
Wed, 25 Jan 2023 01:03:51 +0500 ހީރަސް
ސަރުކާރުގެ %60 ކޯލިޝަނަށް ދޫކޮށްލީ ނަޝީދު! https://heerasnews.com/948 https://heerasnews.com/948 ސަރުކާރުގެ 60 އިންސައްތަ ކޯލިޝަނަށް ދޫކޮށްލިއްޔާ ދޫކޮށްލެއްވީ ރައީސް ނަޝީދެވެ. އިއްވާފައިވާ 13 އަހަރުގެ ހުކުމުން ސަލާމަތްވެ ވަޑައިގަތުމަށެވެ. އަމިއްލަފުޅަށް ހުރިހާ ގޯހެއް ހައްދަވާފައި ނިކުންނަވާ ސަރުކާރު ބަދުނާމު ކުރައްވަން ރައީސް ނަޝީދު އުޅުއްވިޔަސް ރައްޔިތުން ތިބީ ނިކަން ރަނގަޅަށް ހޭލައެވެ. ފިސާރި މޮޅުތަކެއްވެ ވަޑައިގަންނަވާނެ ކަމަށް ތިޔަ ގިރުއްވާ ރަނބައިން ހަރާބު ވަނީ ރައީސް ނަޝީދުގެ އަމިއްލަފުޅު ހަށިކޮޅެވެ.

މިއަދަކީ ތިޔަހެން ދައްކަވާހާ ވާހަކަފުޅުތައް އަޅާކިޔާ ބެލެން އޮތް ދުވަހެވެ. ކުރިން ކުރެއްވި ކަންކަމާއި ނުކުރައްވާ ދޫކުރެއްވި ކަންކަން އަމިއްލަ އަތުގައި އޮތް ފޯނުން ވެސް އެންމެނަށް ބަލާލެވޭ ދުވަހެވެ.  

ރިޔާސީ އިންތިހާބަށް އެމްޑީޕީއިން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ވާހަކަ ދައްކަންވީ ވަގުތު ރައީސް ނަޝީދަކަށް މިހާރަކު އެނގި ވަޑައެއް ނުގަންނަވާނެއެވެ. ގައުމީ މަޖިލީހާއި ޕިޖީ ގްރޫޕާއި ސެކެޓްރިއޭޓާއި އާއްމުން މެންބަރުންގެ މެޖޯރިޓީ މިއަދު ތިބީކީ ރައީސް ނަޝީދު އަޅުއްވާހާ ބަތަކަށް ރިހަވެގެނެއް ނޫނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރޭނީތޯ ނުވަތަ ބަޔަކާ ކޯލިޝަން ހަދާނީތޯ ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ. ރައީސް ނަޝީދެއް ނޫނެވެ. އަމިއްލަފުޅު ޕަޓީއަށް ފުރައްސާރަ ކުރެއްވުމުގައި އިދިކޮޅު ވާދަވެރިންނަށް ވުރެ އަމަލުފުޅު ހުތުރެވެ. ފަސް ޕަސެންޓޭ ވައްކަމޭ ވިދާޅުވެ ރައީސް ނަޝީދު ދޮގު ތުހުމަތުތަކާއި ހުތުރު ހަޖޫ ޖައްސަވާއިރު އެމްޑީޕީގެ މެންބަރުން އެތިބީ އެކަންކަން އޯކޭ ވެގެނެއް ނޫނެވެ. ފަހަކަށް އައިސް ބޭއްވި އެތެރޭގެ އިންތިހާބުތަކުން އެކަން އެއޮތީ ދައްކާފައެވެ.

ރައީސް ނަޝީދު ޕަޓީގެ ރައީސް ކަމުގައި ހުންނަވާ މުޅި ޕާޓީ އަތްޕުޅުން ގެއްލިވަޑައިގެން މަގުމަތިވެ ވަޑައި ގަންނަވަމުން ދާކަން މި ކަމުގެ ހެއްކަކަށް ފުދެއެވެ. އެކަމަކު ރައީސް ނަޝީދަށް އަދިވެސް އެކަން އިހުސާސެއް ނުކުރެއްވޭ ނޫންތޯއެވެ. ވީހާލެއްގައި ވާން ތިއްބެވި ސިޔާސީ އެކުވެރިން ރައީސް ނަޝީދު ދޫކޮށްލާ ގައުމާ އެމްޑީޕީއަށް ރަގަޅުގޮތް ހިޔާރު ކުރައްވައިފިކަން އެނގިވަޑައި ނުގަންނަވަހާ ބުއްދި ފަސްވެވަޑައިގަތީތީ ދެރަވެއެވެ.

މިއަދު މިއޮތީ އެމްޑީޕީ ސަރުކާރެއް ނޫނޭ ރައީސް ނަޝީދު އެބަ ވިދާޅުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް އޮތް ސްޕަރމެޖޯރިޓީގެ ތާއީދު އޮތީ ސަރުކާރަށެވެ. އެމްޑީޕީ ތަމްސީލުކުރާ ސިޔަސީ މަގާމުތަކުގައި ތިއްބެވީ ރައީސް ނަޝީދު ހުށަހަޅުއްވާ ރުހުން ދެއްވި ބޭފުޅުންނެވެ. ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ނޫންނަމަ އެ ސަރުކާރަކީ އެމްޑީޕީ ސަރުކާރެއް ނޫންކަމަށް ދެކިވަޑައިގަންނަ ގަތުމަކީ އެމްޑީޕީ މިހާރު ގަބޫލުކުރާ ގޮތެއް ނޫނެވެ. ކޯލިޝަނޭ ވިދާޅުވެ ސަރުކާރަށް ރައީސް ނަޝީދު ފާޑު ވިދާޅުވާއިރު ކޯލިޝަން ސަރުކާރެއްގެ ހުރިހާ ކަމެއް ކުރެއްވީ ރައީސް ނަޝީދު ނޫން ދެވަނަ ބޭފުޅެއް ނޫނެވެ.

2018 ގައި 40 ޕަސެންޓް އެމްޑީޕީއަށް އޮންނަ ގޮތަށް ކޯލިޝަން ސަރުކާރެއް ހަދަން އެއް ބަސްވި ސޮއިކުރެއްވީ ވެސް ރައީސް ނަޝީދެވެ.

އުކުޅަހު ބަގާވާތޭ ފަސްޕަސެންޓޭ ވިދާޅުވެ މުޅި އެމްޑީޕީގެ ޑިމޮކްރެޓިކް ނިންމުން ތަކަށް ފުރައްސާރަ ކުރައްވަމުން އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް އަމިއްލަ ފުޅަށް ވެރިކަން ހޯއްދަވަން ތިޔަ ޖައްސަވަނީ މަރުފައްޔެވެ. އެމްޑީޕީގެ ހެޔޮވެރިކަމުގައި ކުރިހާ ކަންކަން ނުކުރާ ކަންކަމަށް ހައްދަވައިގެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިންޕުޅު ތިޔަ ނަންގަވަނީ ނިޒާމާމެދު ފިސާރި މޭނުބައި ކުރައްވާ ހުންނަވާ ނުންތޯއެވެ. ރައީސް ނަޝީދަށް އަނބުރާ ރައީސްކަން ލިބި ވަޑައިގަންނަވަންޏާ ރިޔާސީ ނިޒާމްވެސް އޯކޭ ދެއްތޯއެވެ. ރައީސް ނަޝީދަށް ރިޔަސީ ޓިކެޓް ވެދުމަށް އަރުވާ ރައީސް ސާލިހު ފަހަތަށް ޖެހިވަޑައި ގަންނަވަންޏާ ރައީސް ސާލިހު ވަރެއް ދުނިޔެތާކު ނުހުންނާނެ ދެއްތޯއެވެ. އޭރުން ރައީސް ސާލިހު ކުރައްވަނީ މުޅި ދުނިޔެ ދުށް އެންމެ ހެޔޮ ވެރިކަމަށް ރައީސް ނަޝީދަށް ވެވަޑައި ގަންނަވާނެއެވެ.

]]>
Tue, 24 Jan 2023 19:28:47 +0500 ހީރަސް
އަންނިއަށް ނޭނގޭ ކަމަކީ މެޖޯރިޓީއަށް ތަބާވުން https://heerasnews.com/941 https://heerasnews.com/941 ސަރުކާރު ހިންގުމުގައި ގާނޫނާ ހިލާފު ކަންކަމާ ފަސާދައިގެ ކަންކަން ހިނގާނަމަ ރައީސަށް ދަންނަވައި އެ ކަންކަން އިސްލާހު ކުރަން އުޅުމާ ހެޔޮލަފާ އެރުވުމަކީ ސިޔީސީ މަގާމު ތަކުގައި ތިބޭ މީހުން ކުރަން ޖެހޭ ކަމެކެވެ. ވަޒީފާގެ ބިރު އޮތް ނަމަ ފަސާދައިގެ ކަންކަމާ ގުޅިގެން ވިސްލްބްލޯގެ ކަންކަން ގާނޫނީ ހަމައިގެ ތެރެއިން ކުރުމަކަށް އެކަކަށްވެސް ހުރަހެއް ނެތެވެ. އެހެނަސް ސިޔާސީ މަގާމުތަކަށް ރައީސް އައްޔަނުކޮށްފައި ތިބޭ މީހުން އުޅެން ޖެހޭނީ ވަކި ފާޑަކަށެވެ. 

ސިޔަސީ މަގަމުތަކުގައި ތިބެ ރައީސްގެ ސިޔާސަތު ކަމުނުގޮސްގެން އިދިކޮޅަށް ނިކުމެ އާއްމު ތަންތަނާއި ހައްލެއް ހޯދާދެވޭނެ ހައިސިއްޔަތެއް ނެތް ތަންތާ ދަތްދިލުވާ އަނގަ ދިޔާކުރަން ޖެހޭނީ އިސްތިއުފާ ދީފާ ނިކުމެތިބެއެވެ. ޑިމޮކްރަސީއަކީ އަމިއްލަ އަމިއްލަ ނަފްސަށް ހިޔާނާތްތެރިވެ ވަކި މީހެއްގެ މަސްލަހަތުގައި އަމިއްލަ ދުފާތައްްޓަށް ފައިން އެރުމެއް ނޫނެވެ. 

ސިޔާސަތު ތަންފީޒު ކުރާ މަގާމު ތަކުގައި ތިބެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދައުލަތާއި އިދިކޮޅު ހަރަކާތާ ފިތުނަ ހިންގުމެވެ. ބަންޑާރަނައިބާއި ޕްރޮސިކިއުޓަރ ޖެނެރަލް އެކަމާ އަޅާނުލާ ދޫކޮށްލައިގެން ތިބެން ހެޔޮނުވާނެއެވެ.

ރައީސް ސާލިހުގެ ރައްދު ދެއްވުމާ ބަދަލުހިއްޕެވުމާ ފިއްތާލެއްވުމުގެ ވިސްނުންފުޅު ނެތުމަކީ ހަރާންކޯރު ވުމަށް އޮތް ހުއްޖަތެއް ނޫނެވެ. ސިޔާސީ މަގާމުގައި ތިބެ ރައީސާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރުމަކީ މާގަދަކަމެއް ނޫނެވެ. ވަކި މީހަކަށް ވެރިކަން ހޯދާދޭން ޑިމޮކްރަސީގެ ނަމުގައި މަދު ބަޔަކު ދައުލަތް ވީދާ ކުދިކޮށް މުއައްސަސާތަކާއި ވެރިންގެ އިތުބާރު ކަނޑުވާލައިގެން ކުރިންޖެހުނު ދަތުރަށް ވުރެ ދެރަވަރު ވެދާނެކަން ހިތައްވެސް ނާރާ ކަހަލައެވެ.

ރައީސް ސާލިހު ރައީސް ކަމަށް ހޮވިވަޑައިގަތީ ގުޅިފައިވާ ކޯލިޝަންގެ ތާއީދާ އެކުގައެވެ. ކޯލިޝަންގެ އެންމެ ބޮޑު ހިއްސާދަރަކީ އެމްޑީޕީއެވެ. ސަރުކާރުގެ މައިގަޑު ސިޔާސަތުތައް އޮތީ އެމްޑީޕީގެ ވިސްނުމާއެއް ގޮތަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއި ޕީޖީގްރޫޕްގެ ސްޕަރމެޖޯރިޓީއާއި ކޮންގްރަސްގެ ފުރިހަމަ ތާއީދު އޮތީ ރައީސް ސާލިހާއެކުގައެވެ. އެމްޑީޕީގައި އުޅޭ ވަކި މީހަކު ބޭނުންހާ ގޮތެއް ނުވުމަކީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ނެތްކަމަށް ވާނެ ކަމެއް ނޫނެވެ. ރައީސް ނަޝީދު މެޖޯރިޓީއަށް ތަބާނުވެ އަޑުގަދަމީހާ ރުއްގިނަވާނެ ކަމަށް ފުމުނަކަސް އަދި ކަމަކު ނުދާނެއެވެ.

]]>
Sun, 22 Jan 2023 15:40:33 +0500 ހީރަސް
އިބޫ މުޅި ރާއްޖެއަށް ކަރަންޓް ޔަގީންކޮށް ދެއްވި https://heerasnews.com/939 https://heerasnews.com/939

ސުދާނާއި އިތޯޕިޔާ ފަދަ ގައުމުތަކުގައި ވެސް ގިނަ ރައްޔިތުން ތިބެނީ ނުކައެއް ނޫނެވެ. ދުވާލު ހަތަރުދަމުން އެއްފަހަރު ނަމަވެސް ކޮންމެސް އެއްޗެއް ކައިގެނެވެ. ޑަސްބިން ހާވައިގެން ކެޔަސްވާނީ ކައިގެން ތިބޭ ކަމަށްތާއެވެ. އެ ގޮތަށް ރާއްޖޭގެ ވެރިކަމަށް ރައީސް ސާލިހު ވަޑައިގެން އިރުވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ވެސް ލިބއެވެ. އެ އުސޫލުން ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ނުލިބޭ ކަމަކަށް އެއް އިރަކުވެސް ރައީސް ވިދާޅެއް ނުވެއެވެ.

ހދ. ކުމުންދޫގައި ރައީސް ސާލިހު ވިދާޅުވީ ކީކޭކަން ޔާމީނުގެ މައުތުޕީހުން އޮޅުވާލުމަކީ އަޖައިބެއް ނޫނެވެ. ވާހަކަ އޮޅުވާލާ ފިތުނަވެރި ގޮތް ގޮތަށް ވާހަކަ ބަދަލު ކުރުމުގައި އެ ބައިގަޑު ތިބީ ކައްޒާބަށް ވުރެ ކުރީގައިކަން ނޭގޭ މީހަކު ނެތެވެ. އެކަމަކު ބުނަން ހެއްޔެވެ. ހަމަ ހަގީގަތުގައި ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓު ޔަގީންކޮށް ދެއްވީ ރައީސް ސާލިހު ސަރުކާރުންނެވެ.

ބުނަން ހެއްޔެވެ. ކަރަންޓް ދިނުމާ ކަރަންޓް ޔަގީންކޮށް ދިނުމަކީ ދެކަމެކެވެ. ތެދެކެވެ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން އިރު ހުރިހާ ރަށެއްގައި ވެސް ކަރަންޓް ލިބެއެވެ. ގިނަ ރަށްރަށުގައި ނޯންނަނީ ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ނުދާނެ ކަމުގެ ޔަގީންކަމެވެ. ކަރަންޓް ނުކެނޑުނަސް ރައްޔިތުންނަށް ނެތީ ލިބޭ ކަރަންޓް ބަލި މީހަކަށް އައިވީ ދޭހެން ނޫން ގޮތަކަށް ލިބޭނެ ކަމުގެ ޔަގީންކަމެވެ.

ގިނަ ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ގައިވީދައިގެން ވިހި ތިރީސް އަހަރު ވަންދެން އެގޮތް މިގޮތުން ހިންގި ގެނދަބުޅިން ބަރާވެ ބާވެ ހަސްނެތިފައި ހުރި އިންޖީނުގެތައް ތަޅުލާ ޒަމާނީ ފެންވަރުގައި ކަރަންޓް ހިދުމަތް ގިނަ ރަށް ރަށުގައި ގާއިމު ކުރީ މި ސަރުކާރުން ނޫން ކަމަކަށް ނުހެދޭނެއެވެ. އިންޖީނުގެއިން އިވޭ ގަދަ އަޑުފައްގަޑުން ކަންފަތްތައް ބީރުވަމުން އައި ރައްޔިތުން ސަލާމަތްކުރީ މި ސަރުކާރުންނެވެ. ރަށުގެ ފެނާއި ވައި އިންޖީނުގެ ތަކުގެ ސަބަބުން ތަގައްޔަރު ވީވުން ނިމުމަކަށް ގެނައީ މި ސަރުކާރުންނެވެ.

ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް އައިސްގޮސް ވުމުގެ ސަބަބުން ގެދޮރުގައި ބޭނުން ކުރާ ކަރަންޓްގެ އާލާތްތައް ހަލާކުވެ އެ ތަކެތި ހޯދުމަށާއި މަރާމާތަށް ރައްޔިތުން އިރުއިރުކޮޅުން ކުރަން ޖެހުނު ހޭދަ ނިމުމަކަށް ގެނައީ މި ސަރުކާރުންނެވެ. ވައިނުޖެހޭ ދުވަހެއްގައި ބުރަފައްޗެއް އަނބުރަން އުޅޭހެން ގޭގައި އެނބުރުނު ފަންކާތައް ހަމަޔަށް އަނބުރާލަދިނީ މި ސަރުކާރުންނެވެ. ފެނަކައާއި ސްޓެލްކޯ ދިވެރާއްޖެއަށް ކަރަންޓް ޔަގީން ކޮށްދީ އެދިން ޔަގީންކަން އެދަނީ ދަމަހައްޓަމުންނެވެ. ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް އެ ހަގީގަތް އެ އޮތީ ދިމާލަށް ފެންނާށެވެ. ކުރީގެ ސަރުކާރު ތަކާއި ޔާމީނަކަށް އެކަމެއް ނުވިއެވެ.

އެތައް ޒަމާނެއް ވަންދެން ސަރުކާރާ ހަވާލުނުކޮށް ރައްޔިތުން އަމިއްލައަށް ހިންގަމުން ދިޔަ އެތައް އިންޖީނުގެއެއް ރަށްރަށުގެ ރައްޔިތުން ލޮލުން ބޮލުން އެދިގެން މި ސަރުކަރާ ހަވާލުކުރީ ސަރުކާރުން ކަރަންޓް ޔަގީންކޮށް ދޭކަން ކަށަވަރު ވެގެންނެވެ. ތިރީހަކަށް އަހަރު ރަށު ރައްޔިތުން އަމިއްލައަށް ހިންގަމުންއައި ރ. އުގޫފާރުގެ އިންޖީނުގެ އެ ރައްޔިތުން ލޮލުން ބޮލުން އެދިގެން ހުސްވި އަހަރު ފެނަކައާއި ވަނީ ހަވާލުކޮށްފައެވެ. ޕީޕީއެމް މެޖޯރިޓީ ކައުންސިލެއް އޮންނަ އުގޫފާރު ކަހަލަ ރަށެއްގެ ރައްޔިތުންގެ އިންޖީނުގެ ފަދަ އިންޖީނުގެތައް އެ މީހުން ހިތުލޯބިން މި ސަރުކާރާ ހަވާލު ކުރުމުން ދައްކާދެނީ ހުރިހާ ރަށަކަށް މި ސަރުކާރުން ކަރަންޓް ޔަގީންކޮށްދީފައި ވާކަމެވެ.

]]>
Sun, 22 Jan 2023 08:32:56 +0500 ހީރަސް
އަންނިއަށް: މައިންމަގަށް ލައްގަޅޭ! https://heerasnews.com/936 https://heerasnews.com/936 އާއެކެވެ. ހަމަ ނިމިއްޖެއެވެ!

ކުރީން ފެނުނީ ޔާމީނު ޕޯޑިއަމް އަކަށް އަރާ ހުރެގެން ކަރުތެރޭން ފާޑެއްގެ އަޑެއް ނެރެގެން އަންނިޔަށް މަލާމާތް ކުރާ ތަނެވެ. މިކަމުގެ ސަބަބުން ވަރަށްގިނަ ބައެއްގެ ނުރުހުން އެއިރު ޔާމީނަށް ކުރިމަތިވިއެވެ. އެމްޑީޕީގެ އެތެރެއާއި ބޭރުންވެސް އެކަމާ ރުޅިގަދަވެ ރުޅިވެރި ބަސްތައް ޔާމީނަށް ރައްދުކުރިއެވެ. އެ ދުވަސް ހިނގައްޖެއެވެ. ކުއްލިޔަކަށް މިއަދު މި ފެންނަން ފެށީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުކުމެ އެމްޑީޕީގެ އެންމެ އިސްލީޑަރ އިބޫސޯލިހަށް ފުރައްސާރަކުރާން ފެށިތަނެވެ. މިއަދު މީހުންނަށް އެކަން މާހުތުރު ވެގެން މިއުޅެނީ އެހެންވެގެންނެވެ. ޕާޓީގެ މުގުރުން ޕާޓީގައި ތަޅާތީއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މިއަދު އަންނި އެހެރީ ހަމަ ވެރިކަމަށް މުޅީން އެނދަ ކެނޑި މޮޔަވެފައެވެ. ވެރިކަން ލިބޭތޯ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެއޭ ބުނާ މީހުން ގިނައެވެ. ވެރިކަމުގައި ހުރިއިރު ހުރީ އެންމެހާ ރައްޔިތުންނަށް ހަމަހަމަވެ އިހުލާސްތެރިވެ ބޮޑު ހުވައެއްގެ މަތީގައެވެ. " ނުލަފާކަން ދަށްކާލާނަމޭ، ތިމަންނާ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެއޭ " ފަދަ ކިބުރުވެރި ބަސްތައް ވެރިކަމުގެ ހުވާމަތީގައި ހުރެވެސް ގޮވާނެގި އަޑަކީ އެންމެނަށް އިވުނު އަޑެކެވެ. އެކަންކަމާ އެއިރު އެމްޑީޕީގެ ތެރެއިންވެސް ގިނަ ބަޔަކު ނުރުހުންވެ ބަސް ބުންޏެވެ. އަންނިގެ ވެރިކަން ވެއްޓި ދިޔައީ މިފަދަ ކިބުރުވެރި ކަމާ ނުލަފާކަން އިސްކުރުމުގެ ސަބަބުންނެވެ. 

މިއަދު ރައީސް ސޯލިހު އެ ކުރައްވާ ކޮންމެ ކަމެއް އެއީ ނުވާކަމަކަށް ހަދައިގެން  " އަންނަނީ އަންނަނީ " އޭ ގޮވަމުން އަންނި އަރާހުރެ ހަޅޭއްލަވާއިރު ތިމާގެ ހާލަތަކަށް ނުވިސްނާ ކަމަށް ގިނަ މެންބަރުން ދެކެއެވެ. ޖަލުން ސަލާމަތްވީ ކޮންބައެއް އަދި ކާކުގެ ސަބަބުންކަމެއް ވިސްނައެއް ނުލައެވެ. ތިމާ ދުނިޔޭގެ ތަންތާ އަޗާކަނޑަން އޭރު އުޅުނުއިރު ދިވެހި ރައްޔިތުން ތިމާގެ ހައްގުގައި ތެޅުނު ގަނަޔާމެދު ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. އޭގެ ނަތީޖާ އަންނިއަށް މި އަންނަނީ ފެންނަމުންނެވެ.                 

އެމްޑީޕީގެ އެއްވެސް މެމްބަރެއްގެ ދުލުން މީގެކުރީން އަންނިޔާ ދިމާލަށް ބަހެއް ބުނެނުލާ ތިބީކީ އަޅުދާސް ވެގެންނެއް ނޫނެވެ. ޕާޓީގެ މަސްލަހަތުގައެވެ. އެކަމަކު މިއަދު އީވާއަކާ ވައްޑޭ އަކާ ގޮވައިގެން ނުކުމެ ނަރުނެއް ގިޓައެއްގައި ކޮށްޓާފައި އެމްޑީޕީގެ މެމްބަރުންނަށް މަލާމާތްކޮށް ދުވާއިރު އަންނިގެ ހަމަ ލަދުހަޔާތް ނެތީއޭ މީހުން ނުބުނާނެ ހެއްޔެވެ؟ ނޫނެކެވެ. މިއަދު އެމްޑީޕީގެ އެތައް ހާސް މެމްބަރުންނެއް އެ ދަނީ އަންނިޔާ ދިމާލަށް ހަމަގޮވާނެ އެއްޗެއް ގޮވަމުންނެވެ. ދާދިފަހުން އޭނާގެ އެންމެ އަރިސް އަދި އާއިލާގެ ގާތް މެމްބަރު އީވާ ރަށަކަށް އަރައި އަންހެން ކަނބަލުން ތަކެއްގެ ފަހަތުން އެ މީހުންގެ ސަމާލުކަން ލިބޭތޯ ދިޔުމުން ވެސް އެއިން ކަނބަލަކު އަޅާވެސް ނުލައި ބަލާވެސް ނުލައި ދިޔަ މަންޒަރަކީ ވެސް އަންނި ސައިޒު ވެއްޖެކަން އަންގާދޭ ހެއްކެކެވެ. އެކަމަކު އަދިވެސް ކޮންމެ ވެސް ތާކުން ފައިސާގަނޑެއް ހޯދައިގެން ހަމަ މަތިހަށި ނަގާފައި އެހެރަގެން އުޚޭގޮތް ދެކިބަލާށެވެ.

މިއަދު ރާއްޖޭގެ ހަމަ ހުރިހައި ރަށަކުންހެން އެދަނީ އަންނިއަށް ނޫނެކޭ ބުނެ އެ މަންޒަރު ސާފުކޮށް ދަށްކަމުންނެވެ. ބޮޑުތަނުން ތާއީދު ވަނީ ގެއްލިފައެވެ. އެމްޑީޕީގެ މެމްބަރުން އެންމެ ރުޅި އަންނަނީ މިހާރު ދެން ޔާމީނާއި ގުޅޭނެ ކަމަށް ފާޅުގައި ބުނެ އެ އިއްވާ ބަސްތަކުންނެވެ. ކިތަންމެ ނުލަފާ ކަމެއް ދަށްކާލާނަމޭ ހީކޮށް ނުކުމެ ޔާމީނާ ގުޅުނަކަސް އެމްޑީޕީ ގިނަ މީހުންގެ ހިތަށް މިއަދަކު ހަމަ އިސްތަށްޓެކޭ ވެސް ނާރާނެއެވެ. އެ މީހުންގެ ހިތްތަކުން ދިން ލޯތްބާއި ކުރި އިހުތިރާމުގައި އަންނި ޖެހީ ކޮޅުފައިންނެވެ. އެމްޑީޕީގެ ވެރިކަން ވަށްޓާލަން ގޮވައިފިއެވެ. ގާތުގައި ތިބި މީހުން ލައްވައި އެމްޑީޕީ މެމްބަރުންނަށް ނުގޮވާކަށް އެއްޗެސް ނެތެވެ. އޭގެ ސަބަބުން އެމްޑީޕީގެ ތެރޭގައި މިހާރު އަންނިގެ އަގުވެއްޓި ނިމިއްޖެއެވެ. ދެން ދުވަހަކުވެސް އަނބުރާ އިއާދަ ނުކުރެވޭ މިންވަރަށް އަންނިއާ އޮތް ގުޅުން ކެނޑިއްޖެއެވެ. ހަމަ އަންނިގެ ސަބަބުންނެވެ. އޭނާގެ ގާތުގައި އެތިބަ ގޮތްކުޑަ ބައެއްގެ ސަބަބުންނެވެ. އަމިއްލަޔަށް ހަދައިގެން އެއުޅޭ ހަސަންކުރުސީ އެކައުންޓުގެ ސަބަބުން ވެސް މެއެވެ.

މިއަދު އަންނިއަކަށް އެމްޑީޕީއެއް މުހިންމެއް ނުވިއެވެ. އޭނާގެ ހައްގުގައި ތެޅިމަރުވި މީހުންގެ މަތީން ހަނދާން ވެސް ނެތެވެ.  އަމިއްލަ އަތުން ބުދު ހަދައިގެން އަޅުކަން ކޮށް ދުއާކޮށް އެއިން ރަހުމަތައް އެދޭ ބީދައިން މިއަދު އަންނި އެ އުޅެނީ އަމިއްލަޔަށް ހަސަން ކުރުސީއެއް ހަދައިގެން އެޔަށް އަޅުކަން ކުރާށެވެ. ނަތީޖާ ވަރަށް ސާފެވެ. ހަމަ ފުލުފުލުން ބޭޒާރުވެ އިތުބާރު ގެއްލިއްޖެއެވެ. އަންނިއަކަށް އޭނާގެ ކައިރީގައި މިއަދު އެތިބަ ރަގާލި ފައްޗަކަށް ދެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަމަ އެއްވެސް ފުރުސަތެއް ނޯންނަ މިންވަރަށް އަގުވެއްޓި ނިމިއްޖެއެވެ. އުޅެވުނު ގޮތަކުން މިއަދު ތިޔަ ޖެހެނީ އަމިއްލަ ޕާޓީގެ ތެރޭގައި ތިމާގެ ބާރުކެނޑި މައިން މަގަށް ލައްގަޅޭ ކިޔާކިޔާލަ ކިޔާލާ ހުންނާށެވެ. 

]]>
Sat, 21 Jan 2023 11:56:42 +0500 ހީރަސް
އިބޫ2023: މާލެ ޖަލްސާ https://heerasnews.com/932 https://heerasnews.com/932 ރައީސް ސާލިހު ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗްގައި އޮންނާނެއެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލޭވޭ މިރޭގެ ޖަލްސާ އޮންނާނީ މިރޭގެ 8.30 ގައެވެ.

ރައީސް ސާލިހުގެ ޕްރައިމަރީ ކެންޕޭން ރާއްޖޭގެ ކަންކޮޅުތަކުގައި ފޯރިއާއެކު ހިނގަމުން އެބަދެއެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަން އިތުރު ދައުރަކަށް ގެންދަން ރާއްޖޭގެ ގިނަ ބަޔަކު ތާއީދު ކުރެއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރަކީ ކޮވިޑް19ގެ ވަބާގައި މުޅި ދުނިޔެ ޖެހި ދުނިޔެ ހުއްޓި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އުޅެން ޖެހުނު ދެ އަހަރެވެ. ކޮވިޑްގެ ބިރުވެރިކަން ކުޑަކޮށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވި ރައީސަށް އިތުރު ދައުރެއް ދިނުމަކީ ގިނަ ރައްޔިތުން ލޮލުން ބޮލުން އެދޭ ކަމެކެވެ.

ތަފާތު ކުރުމެއް ނެތި އެންމެންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުކޮށް ނިންމުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމަށް ގިނަ ރައްޔިތުން އެދެއެވެ. ދަތުރު ފަތުރުން މުޅި ރާއްޖެ ގުޅުވާލާ ހިލޭޑިގްރީއަށް ކިޔަވާ ދެއްވައި ގޮނޑުތައް ހިމާޔަތްކޮށް ދެއްވައި ހުރިހާރަށެއްގެ ލަފާފުރުން ފަސޭހަކޮށްދެއްވައި ތައުލީމާއި ސިއްހަތާއި އަމާން ވެއްޓެއް ގާއިމުކުރުމަށް ރައީސް ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅުތައް ފުރިހަމަކޮށް ނިންމުމަށް ރައީސް ސާލިހަށް ފުރުސަތު ދިނުމަށް ގިނަ ބަޔަކު ބޭނުމެވެ. ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަންނާނެ ގޮތްތައް ފުރިހަމަ ކޮށްދެއްވުމަށް ފައްޓަވާފައިވާ ޕްރޮގްރާމްތަކުގެ މަންފާ ރައްޔިތުންނަށް ލިބި ދިނުމަށް ރޭވިފައިވާ ކަންކަން ތަންފީޒުކޮށް ނިންމުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް ހައްގު ކަމަށް ދެކެނީ އެތައް ހާސް ބައެކެވެ.

އެމްޑީޕީ މެންބަރުންގެ ތަރައްގީގެ އިހުސާސް ގުޅިފައި ވަނީ ރައީސް ސާލިހާއެވެ. އެމްޑީޕީގެ ގިނަ މެންބަރުން ތިބީ މަރުވަމުންދާ ފިކުރެއް ދިރުވުމަށްވުރެ އެމްޑީޕީއާއި އެކުގައި ކުރިއަށް ދިޔުމަށް ރައީސް ސާލިހުގެ ފަހަތްޕުޅުގައެވެ.

]]>
Fri, 20 Jan 2023 15:05:55 +0500 ހީރަސް
އިބޫގެ ޖަލްސާއަށް އޮޅުވާލައިގެން ބަޔަކު ނުގެންނާނެ https://heerasnews.com/924 https://heerasnews.com/924

އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ރައީސް އިބްރާހީމް ސާލިހު ކެމްޕެއިން ބޮޑު ޖަލްސާއަށް މާލެއަށް އޮޅުވާލައިގެން އެއްވެސް ބަޔަކު ނުގެންނާނެއެވެ. ހިތުން ރުހުމުން އަންނަން ބޭނުންކޮންމެ މީހަކަށް ކެންޕޭން ޓީމުން އެމަގު ފަހިކޮށްދޭނެއެވެ. ރައީސް ސާލިހަށް ވޯޓު ނުދޭނެ މީހަކު ބޯ ގިނަކުރަން އެ ޖަލްސާއަކަށް ނުގެންނާނެއެވެ. ރަށްރަށުން ބަޔަކު އެ ޖަލްސާއަށް އަންނަންޏާ އަންނާނީ އެ މީހަކު ބޭނުން ވެގެންނެވެ.

ނެތް ތާއީދަށް އޮތް ކަމަށް ދައްކައިގެން މީހަކަށް ކަންދެއްކެވުމަކީ ރައީސް ސާލިހުގެ ތަބީއަތެއް ނޫނެވެ. ރަށްރަށުން މިހުން އަންނަންޏާ އަންނަނީ ރައީސް ސޯލިހުގެ ވެރިކަމުގައި އެ ރަށްރަށަށް ލިބޭ ކުރިއެރުމާއި ލުއިފަސޭހަ ދެކި އަތުން ހިފާ އެކަމަށް ޝުކުރުވެރި ވެގެންނެވެ. ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ލޮލުން ބޮލުން އެދިގެންނެވެ.

އާނއެކެވެ. ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުއައްޒަފުންގެ ތެރޭގައި ތިބި ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވަން ތާއީދު ކުރާ ބަޔަކު ހަފްތާ ބަންދުގައި އާދެވެން އޮތިއްޔާ ޖަލްސާއަށް އައުމަކީ އެ މީހުނަށް އޮތް ހައްގެކެވެ. އެ މީހަކު ތާއީދު ކުރާ މީހެއްގެ އެއްވުމަކަށް އެ މީހަކަށް އާދެވެން އޮތް ގޮތަކަށް އާދެވެން އޮތް މީހަކު އައުމަކީ ބަޔަކާ ބެހޭކަމެއް ނޫނެވެ. އެ މީހެއްގެ އިހުތިޔާރުގައި އޮތް ކަމެކެވެ.

މޮޅު ވާހަކަ އަކަށް ހަދައިގެން ޕީޕީއެމުގެ މައުތުޕީހުން ދުއްވާ ދެބޯގެރިއެއްގައި ރައީސް ސާލިހުގެ ސަޕޯޓަރުންނެއް ނުޖެހޭނެއެވެ. ރައީސް ސާލިހާއި އެ މަނިކުފާނުގެ ސަޕޯޓަރުން ތިބީ ފިސާރި ސާބިތުކޮށެވެ. ރައީސް އޮފީހާއި މިނސްޓްރީތަކާއި ކުންފުނިތަކުގައި ތިބި ތަފާތު ފެންވަރުގެ އެތައް ބަޔަކު ރައީސް ސާލިހާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރާއިރު ރައީސް ސާލިހަށް ކަހަރު ވަކެކޭ ވެސް ހީފުޅު ނުވެއެވެ. ފިއްތުމެއް ބިރުދެއްކުމެއް މަގާމުން އެއް ފަރާތް ކުރުމެއް ވަކިކުރުމެއް ނެތެވެ.

]]>
Wed, 18 Jan 2023 20:47:55 +0500 ހީރަސް
އެމްޑީޕީއަށް އިބޫ ނޫން ގޮތަކީ ލިބިއޮތް މޮޅުގެއްލި މަގުމަތިވުން https://heerasnews.com/919 https://heerasnews.com/919 އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ވިސްނުމުގައި އަބަދުވެސް ބާއްވަންވީ ކުރިއަށް އޮތް ތަނުގައި އިންތިހާބެއް އޮތް ކަމެވެ. ކުރިއަށް އޮތީ ފަސް އަހަރަށް ވެރިއަކު ހޮވުމަށް ބާއްވާ އިންތިހާބު ކަމެވެ. މުޅި ވިސްނުމާއި ނިންމުންތައް އަމާޒު ކުރަންވާނީ އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކަށެވެ.

ރާއްޖެއިން ވަރަށް ސާފްކޮށް ފެންނަން އޮތް މަންޒަރަކީ ވައުދު ފުއްދުމުގައި ގިނަ މަސައްކަތްތަކެއް ގިނަ ރަށްރަށުގައި ފުރިހަމަ ވާތަނެވެ. ބައެއް މަސައްކަތްތައް ނިމި އަނެއްބައި މަސައްކަތްތައް ފެށިގރން ކުރިއަށްދާ ތަނެވެ. ކޮންމެ ރަށަކުންވެސް އެކަން ބަލައިގަނެއެވެ. ކޮންމެ ރަށަކުން ވެސް ބޭނުން ވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދާށެވެ. ފެށި ހިނގަމުންދާ ކަންކަން ނުހުއްޓި ކުރިއަށް ގެންދެވޭނީ ވެރިކަމުގައި ރައީސް ސާލިހު ހުންނަވައިގެނެވެ. ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް ރަށްތައް ތަރައްގީ ކުރުމަށް ރައީސް ސާލިހަށް އިތުރު ދައުރެއް ދިނުން ވަރަށް މުހިންމެވެ. މުޅި ރާއްޖޭގެ ރައްޔިތުންނަށްޓަކައި އެކަމަކީ އެމްޑީޕީން މިއަދު ކޮށްދޭން ޖެހޭ ކަމެކެވެ.

އެމްޑީޕީގެ ވިސްނުމަކީ އަބަދުވެސް ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމެވެ. ފެށުނީއްސުރެ އެމްޑީޕީގެ ފުރަތަމަ ސިޔާސަތަކީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ސިޓީއެއް ނުބަލާ އެތަނެއްގައި ދިރިއުޅޭ މީހުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ސާލިހު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެމްޑީޕީ އެއްބާރުލުން ދޭންވީ ވަގުތަކީ މިއެވެ.

އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީއެވެ. އެހެން ނަމަވެސް އެއް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަކީ އެއްވެސް ޕާޓީއަކަށް ފަސޭހަ ކަމެއް ނޫނެވެ. ހަގީގަތުގައި ވެސް އެއީ ނާދިރު ކަމެކެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމެންވާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކަށެވެ. އެމްޑީޕީގައި ވެރިކަން ހިފެހެއްޓުމަށާއި އަނިޔާވެރިކަން އެނބުރި އަޔަ ނުދިނުމަށް ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމުގެ ބޭނުންތެރިކަން ނިހާޔަތަށް ބޮޑެވެ.

ކޮންމެ މެންބަރެއްގެ ވޯޓު ރައީސް ސާލިހަށް ދިނުން މިވަނީ ރަށްރަށުގެ މަސައްކަތްތައް ބޮލާ އެޅިޔަ ނުދިނުމަށެވެ. އެހެނެއް ކަމަކު ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިއްބަވައިގެން ރައީސް ސާލިހަށް ޕްރައިމަރީ ކާމިޔާބު ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާ ސިޔާސީ ވެރިންނަށް މިހާރަށް ވުރެ މޮޅު އެހެން ގޮތެއް އޮތިއްޔާ އެ އޮތްގޮތަކީ ލިބިއޮތް މޮޅުގެއްލި މަގުމަތިވުމެވެ.

]]>
Tue, 17 Jan 2023 19:01:53 +0500 ހީރަސް
އެމްޑީޕީ އަކަށް ވެސް އެކަންޏަކު ނުވާނެ! https://heerasnews.com/916 https://heerasnews.com/916 ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާއި ރިޔާސީ އިންތިހާބު ވަރަށް ތަފާތެވެ. ރައްޔިތުންގެ މަޖިލީހަކީ އެތައް ދައިރާއަކަށް އެތައް ބަޔަކު ނިކުމެ ވާދަކޮށް އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ގޮނޑިލިބޭ އިންތިހާބެކެވެ. ރިޔާސީ އިންތިހާބަކީ އެންމެ ގޮނޑިއަކަށް މުޅި ރާއްޖޭގެ އެންމެން ވޯޓުދޭ މަދުބަޔަކު ވާދަކުރާ އިންތިހާބެކެވެ. ރިޔާސީ އިންތިހާބުގެ އެންމެ އުދަގޫ ކަމަކީ މުޅިރާއްޖޭން އިންތިހާބުގައި ވޯޓުދޭ މީހުންގެ ފަންސާސް އިންސަތައަށް ވުރެ އިތުރަށް އެކަކަށް ވޯޓު ހޯދުމެވެ. 

މަޖިލިސްގެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ވަނީ ވާދަކުރާ އެންމެންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދާ މީހެކެވެ. ގިނަ ދާއިރާތަކުގައި އިންތިހާބު ވެފައިތިބި މެންބަރުންނަށް ބަލާއިރު ދާއިރައިން ވޯޓު ދިން މީހުންގެ ފަންސާސް އިންސައްތަ ލިބުނު މެންބަރުން ވަރަށް މަދެވެ. އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދާއިރާއިން ތަފާތު ބޮޑު ނަތީޖާއަކުން ގޮނޑިކާމިޔާބު ކޮށްފައިވަނީ ސަންޓްރެވަލް ޝިޔާމާއި ގާސިމް އިބްރާހީމް ފަދަ މަދު މީހެކެވެ. 

2019 ގައި އޮތް މަޖިލިސް އިންތިހާބުގެ 65 ގޮނޑި އެމްޑީޕީއަށް ލިބިފައި އޮތް އޮތުމަކީ ވެސް ހަގީގަތެކެވެ. އެ އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ނެގިއިރު ހޮވުނު ކެންޑިޑޭޓާއި އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓާއި ދެމެދުގެ ފަރަގު ސަތޭކަ ވަރަކަށް ވޯޓަށް ވެސް ބޮޑުކޮށް ލެވިފައި އޮތީ މަދު މީހަކަށެވެ. ހިތްތަކުގެ ރައީސަށް ވެސް ވެވަޑައިގެން ވަރަކީ މުޅިން އަލަށް އިންތިހާބެއްގައި ވާދަކުރަން ނުކުތް ޒުވާނަކާ މައްޗަށް ގޮޅީ މެދު ދާއިރާގައި ވާދަ ކުރައްވައިގެން ސަތޭކަ ފަންސާހެއްހާ ވޯޓުން ކުރި ހޯއްދެވޭ ވަރުވުމެވެ. 

މަޖިލިސްގެ 65 ފަސްގޮނޑި އެމްޑީޕީއަށް 2019 ލިބުނު ނަމަވެސް ގަބޫލު ކުރަން ޖެހޭ އެހެން ހަގީގަތެއް ވެސް އެބައޮތެވެ. 2019 ގައި އޮތް މަޖިލިސް އިންތިހާބުގައި މުޅި ރާއްޖޭން އެމްޑީޕީއަށް ލިބުނު މިންވަރަކީ އެމްޑީޕީގެ މަގުބޫލުކަން މުޅި ރާއްޖޭގައި އޭރު އޮތް މިންވަރު ވަޒަން ކޮށްލުމެކެވެ. ފ. އަތޮޅު ނިލަންދޫ ދައިރާ ނޫން އަނެއް 84 ދާއިރާއަށް ކެންޑިޑޭޓުން ނެރެ އެމްޑީފީން ވާދަކޮށްގެން ( ބަލިވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓާ ވެސް އެކު) އެމްޑީޕީ ހުރިހާ ކެންޑިޑޭޓުންނަށް ލިބުނީ އެ އިންތިހާބުގައި ވޯޓުލީ މީހުންގެ %36 އެވެ. އަނެއް %74 ޕަސެންޓް ވޯޓުދިނީ އެމްޑީޕީއާއި ދެކޮޅަށެވެ. އެހެން ކަމުން އެމްޑީޕީގެ މަގުބޫލުކަން އޮންނަނީ އާބާދީގެ ސަޅީހަކަށް ޕަސެންޓްގައިކަން ކިތަންމެހާ ވެސް ރަނގަޅަށް ސާފުވެއެވެ. ރިޔާސީ އިންތިހާބުގައި 33 އިންސައްތަ ލިބޭ މީހަކަށް ރައީސްކަން ލިބޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަވަން ދާދި ފަހުން ރައީސް ނަޝީދު އުޅުއްވީ އެހަގީގަތް އެ މަނިކުފާނަށް ގަބޫލުފުޅު ކުރެއް ވޭތީއެވެ. 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިގެން ރައީސްކަން ލިބޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ އެ މިންވަރަކީ އިތުރު ބައެއްގެ ތާއީދާ ނުލާ ރިޔާސީ އިންތީހާބު އެއްވެސް ޕާޓީއަކުން އެކަންޏަށް ކާމިޔާބު ކުރެވެން އަދިވެސް ނެތް ކަމަށް ގަބޫލު ކުރަން މަޖުބޫރު ސަބަބެކެވެ.

ހަގީގަތް އެހެން އޮތުމާއެކު އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް އެހެން މީހުނާއެކުގައި މަސައްކަތް ކުރެއްވޭނެ އެހެން މީހުން ވެސް އިތުބާރުކުރާ އެހެން މީހުނަށް ކުޑައިމީސް ނުކުރާ ކެންޑިޑޭޓަކަށް ރިޔާސީ ޓިކެޓް އެމްޑީޕީން ދޭންޖެހެއެވެ. އެ މީހަކީ ރައީސް ސޯލިހު ނޫން ދެވަނަ މީހެއް ނޫނެވެ. މި ވަގުތު ރައީސް ނަޝީދަކީ އެމްޑީޕީއަށް ޗޮއިސްއެއް ނޫނެވެ. 

]]>
Mon, 16 Jan 2023 13:21:46 +0500 ހީރަސް
ނަޝީދު ކާމިޔާބު ކޮށްފިނަމަ އެމްޑީޕީއަށް ވެރިކަން ގެއްލޭނެ https://heerasnews.com/912 https://heerasnews.com/912 ރައީސް ނަޝީދު ބާއްވާ ޕްރައިމަރީ އެއްވުން ތަކުގައި ގިނަ އަދަދަކަށް ޕީޕީއެމް ސަޕޯޓަރުން ބައިވެރި ވާތީ އެބަ ފެނެއެވެ. ޕީޕީއެމުން އެހާވަރަކުން ނަޝީދަށް ޕްރައިމަރީ ކާމިޔާބު ކޮށްދޭން މިއުޅެނީ ކީއްވެގެން ހެއްޔެވެ. ޓްވިޓަރއާއި ސޯޝަލް މީޑިއާގެ އެހެނިހެން އޮޅިތަކުގައި ހެސްކިޔާފައި ޕީޕީއެމުން ނަޝީދަށް ތައުރީފްކޮށް ޕްރަމޯޓް ކުރާ ސަބަބާ މެދު ވިސްނާލުން ބުއްދިވެރިއެވެ. ނަޝީދަކީ ހަމަ އެމީހުން އެހާ ލޯބިވާ މީހަކީ ހެއްޔެވެ. ނަޝީދަށް ވެރިކަން ލިބިގެން ޕީޕީއެމަށް މޮޅުތަކެއް ވާން އޮތީ ހެއްޔެވެ. ނޫނެކެވެ.

އެމްޑީޕީގެ ޓިކެޓްގައި ރައީސް ނަޝީދު ރިޔާސީ އިންތިހާބަށް ނިކުންނަވައިފި ނަމަ ފަސޭހަކަމާއެކު ބަލިކޮށް ލެވޭނެ ކަން އެ މިީހުނަށް ކަށަވަރުވެއެވެ. އެހެން ކަމުން ހެދުނު އެއްޗެއް ހަދައިގެން އެމްޑީޕީގެ ޕްރައިމަރީ ނަޝީދަށް ކާމިޔާބުކޮށް ދެވެން އޮތް ގޮތަކަށް ކާމިޔާބު ކޮށްދޭން ޕީޕީއެމް ލީޑަރޝިޕް މަސައްކަތް އެބަކުރެއެވެ. ކުރާނެވެސް މެއެވެ.

އާނއެކެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ ލޯބި އޮތް ބޭފުޅެކެވެ. އެހެނެއް ކަމަކު މުޅި އެމްޑީޕީ އެއްކޮށް ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވޯޓު ދިނަސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވޭ ވަރަކަށް ވޯޓެއް ލިބި ވަޑައެއް ނުގަންނަވާނެއެވެ. މަރަށް ފުރާނައަށް ވެސް ރާއްޖޭގެ ވޯޓުލާ އާބާދީގެ ސާޅީހަކަށް ޕަސެންޓަށް ވުރެ ބޮޑު އެއްޗެއް އެމްޑީޕީއަކަށް ނުހޯދެއެވެ. އެހެން ޕާޓީތައް އުޅެނީ އެ އަށްވުރެ ދަށުގައެއެވެ. %50 އަށް ވުރެ އިތުރަށް ވޯޓު ހޯދަން އެމްޑީޕީން ވެސް އެހެން ބައެއްގެ އެހީތެރިކަން ހޯދަން ޖެހެއެވެ. 2008 ގައި އެމްޑީޕީއަށް ވެރިކަމަށް އާދެވުނީ ވަތަން އެދޭ އިއްތިހާދުންނެވެ. 2018 ގައި %68 އިންސައްތަ ލިބިގެން ވެރިކަމަށް އާދެވުނީ ވެސް ބޮޑު ކޯލިޝަނަކުންނެވެ.

2013 އަކީ ރައީސް ނަޝީދުގެ އެންމެ ޕޮޕިއުލާ އަހަރެވެ. ނަޝީދުގެ ވެރިކަން 2012 ގައި ވެއްޓުމާ ގުޅިގެން މުޅި އެމްޑީޕީއާއި އެމްޑީޕީއަށް ހެޔޮއެދޭ މިހުންނާއި ހަމްދަރުދީގެ ވޯޓުން ވެސް ރައީސް ނަޝީދަށް 2013 ވެރިކަން ނުހޯއްދެވުނެވެ. ރައީސް ނަޝީދުގެ އަމަލުފުޅުތައް ހުންނަ ގޮތުން ސިޔާސީ ބުރަދަނެއް ހުރި އެއްވެސް ޕާޓީއަކުން ނުވަތަ ޖަމާއަތަކުން ރައީސް ނަޝީދަށް އިތުބާރެއް ނުކުރެއެވެ. ވެރިކަމަށް ވަޑައިގަތުމުގައި އެހީތެރިކަން ދޭ އެއްވެސް ބަޔަކަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު ކަމޭ ހިއްތެވުން ނެތުމުގެ ތަޖުރިބާ ހުރިހާ ސިޔާސީވެރިން ވަރަށް ރަނަގަޅަށް ތިބީ ކޮށްގެނެވެ. ގިނަ ސިޔާސީވެރިން ތިބީ އެއްގޮތެއް ނެތަސް ރައީސް ނަޝީދާ ބައިއަތު ހިފާ ގޮތަކަށް ނޫނެވެ. އަމްދުން ރައިސް ސާލިހުގެ ސަރުކާރާއި މެދު ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ބަސްމަގު ބަހައްޓަވާ ގޮތުން ރައީސް ނަޝީދަށް އިތުބާރު ކުރާނެ އެއްވެސް ސިޔާސީ ޕާޓީއެއް އަދި ޖަމާއަތެއް ރާއްޖެއަކު ނެތެވެ.

ރައީސް ނަޝީދު އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި ނަމަ އެމްޑީޕީ އެކަނި ނިކުމެ ގަނަތެޅި ޕާޓީގައި އޮތްވެރިކަން ގެއްލުން ނޫންކަމެއް ނުވާނެއެވެ. ރައީސް ނަޝީދަށް ޓިކެޓް ދީގެން އެމްޑީޕީ ވާދަކުރަން ނިކުންނަ ރިޔާސީ އިންތިހާބެއް ކާމިޔާބު ވަންޏާ ވާނީ މުއުޖިޒާތަކުންނެވެ. ރައީސް ނަޝީދަށް ތާއީދުކޮށް ޕްރައިމަރީ ހޯދަދޭން އުޅޭ އުޅުމުން އެމްޑީޕީގައި އޮތް ވެރިކަން ގެއްލުން ނޫން ކަމެއް ނުވާނެއެވެ.

އެންމެ އަޖައިބު ކަމަކީ ރައީސް ސާލިހު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކޮށްފައި ތިބި ސިޔާސީ ވެރިންގެ ތެރެއިން ބައެއް މީހުންނަށް ކުރެވޭ ނުކުރެވޭ ކަން ނޭގުމެވެ. ރައީސް ސާލިހުގެ އެމްޑީޕީ ސަރުކާރުން އެ މީހުނަށް ލިބިފައިއޮތް މަގާމު ނަގާލަން އަމިއްލައަށް މަސައްކަތް ކުރާކުރުމެވެ. އެމްޑީޕީއަށް އޮތް ވެރިކަން ގެއްލި އެ މިީހުން އެތިބި މަގާމު ގެއްލި އަމިއްލައަށް މަގުމަތިވާން އުޅޭ އުޅުމެވެ. ތިމާމެން ހިމެނޭ ސަރުކާރު ވައްޓާލައިގެން މިހާރު ނުލިބޭ މޮޅެއް ލިބިދާނެކަމަށް ހީކުރެވޭ ހީކުރުމެވެ. ޕާޓީގައި ކިތަންމެ ތާއިދު ބޮޑަސް ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ވެރިކަން ދޭން ބޭނުން ނުވާ އަދި އެހެން ސިޔާސީ ވެރިން އެއްގަލަށް ނާރާނެ މީހަކަށް ވެރިކަން ލިބޭނެ ކަމަށް ހިސާބު ޖަހާޖެހުމެވެ. ނަޝީދު ވެރިކަމަށް ގެންނަން ތާއީދުކޮށްގެން ތިމާއަށް ލިބިލިބި އޮތް މޮޅުން އަތް ދޮވެލާ އަނެއްކާ ވެސް މަގުމަތިވާން އުޅޭ އެމްޑީޕީގެ ސިޔާސީ ވެރިންގެ މޮޔަކަމާއެވެ.

]]>
Sun, 15 Jan 2023 08:26:48 +0500 ހީރަސް
ގަބުޅިކަތީބުން ތިބެންޖެހޭނީ ގަނޑުވަރުގެ ތިރިގޮނޑީގައި https://heerasnews.com/909 https://heerasnews.com/909 އަމާޒެއް ތަސައްވުރެއް ނެތީ ސަރުކާރުގެއެއް ނޫނެވެ. ރައީސް ނަޝީދުގެއެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި އުމްރާނީ ބޮޑެތި މަސައްކަތްތައް މި ސަރުކާރުން ފެށުމުން އެކަމެއް ހަޖަމެއް ނުކުރެއްވުނެވެ. ވިދާޅުވީ ކީކޭ ކަމަށް ހެއްޔެވެ. ރާއްޖެއަށް ކޮންކްރިޓް ތަރައްގީ ބޭނުން ނުވާކަމަށެވެ. އެއްކޮޅުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ނުކޮށްދެވޭ ކަމަށް އެހާމެ ބާރަށް ވިދާޅުވަމުން ގެންދެވިއެވެ. ހަމަ އެހެންމެ ދަނޑިވަޅަކީ ތަރައްގީގެ މަސައްކަތްތައް ކުރަންވީ ވަގުތު ނޫންކަމަށް ތަކުރާރުކޮށް ވިދާޅު ވަމުން ގެންދެވިއެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏެކޭ ތަފާތެއް ނެތެވެ.

ސަރުކާރުން ރާއްޖޭގެ ކަންކޮޅު ތަކުގައި ހިންގަނީ ތަރައްގީގެ މަޝްރޫއު ނޫން ކަމަށް ރައީސް ނަޝީދު އެބަވިދާޅުވެއެވެ. ނަޝީދު ވިދާޅުވާ ގޮތުން ރާއްޖޭގައި ހިނގާ އެންމެ ބޮޑު މަޝްރޫއަކީ ދުވަސްވީ މީހުނަށް ދެވޭ އިނާޔަތެވެ. ދުވަސްވީ މީހުނަށް ދޭ އިނާޔަތާ ހަމައިން ނަޝީދަށް ތަރައްގީ ނިމެއެވެ. އާސަންދައާއި ހަމައިން ނަޝީދަށް ތަރައްގީ ނިމެއެވެ. އެކަނިވެރި މައިންގެ އިނާޔަތުން ނަޝީދަށް ތަރައްގީ ނިމެއެވެ.

ނަޝީދު ވިދާޅުވާ ގޮތުން ތަރައްގީއަކީ ރައްޔިތުމީހާގެ ޖީބަށް ވަންނަ ފައިސާއެވެ. ރަށްރަށަށް ރައްކާތެރިކަމާ ފަސޭހަ ކަމާއެކު ލަފާ ނުފުރެންޏާ ލޯކަލް ޓޫރިޒަމުން ރައްޔިތުމީހާގެ ޖީބަށް ވަންނާނީ ކޮން ފައިސާއެއް ހެއްޔެވެ. އެއްތަނުން އަނެއްތަނަށް ހެޔޮ އަގުގައި އަވަހަށް ދަތުރު ކުރެވެންނެތި ބަލިމީހައަށް އާސަންދައިގެ އުފަލެއް ނޯވެއެވެ. ރަށުގައި އުފައްދާ ތަކެތި ރަށު ތޮށިން ބޭރުކޮށް އެއްތަނުން އަނެއްތަނަށް ނަގުލު ކުރެވެނީ ބަނދަރުތައް ހެދިގެން ހުރިހާ ރަށަކަށް އަރާ ފޭބޭނެ ގޮތް ވެގެންނެވެ.

ރައްޔިތު މީހާގެ ޖީބަށް ފައިސާ ވައްދަން ބޭނުންވާނަމަ ރަށްރަށުގެ ކަރަންޓް ވިއުގަ ރަނގަޅުކޮށް އުފެއްދުންތެރި ކަންކަމަށް އެކަށީގެންވާ ހަކަތަ ރައްކާތެރި ކަމާއެކު ލިބިދޭން ޖެހެއެވެ. ރައްޔިތުމީހާ ލޯކަލް ޓޫރިޒަމްގައި ވިއްކަން ކޮޓަރި ހަދައިގެން ހުރުމުން ޖީބަށް ރުފިޔާ ވަދޭ ހެއްޔެވެ. ކޮޓަރީގައި ހުންނަ ފަތުރުވެރިޔާ ނަޖިސް ފެނުން ފެންވަރަން ޖެހި ނުސާފު ފެން ބޯންޖެހި އިރުއިރު ކޮޅުން ކަރަންޓް ކެނޑި އައިވީއެއް ދޭހެން ކަރަންޓް ލިބޭ ތަނަކަށް ވަންނާނީ ކާކުހެއްޔެވެ. ރައީސް ސާލިހު ރަށްރަށުގައި ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުމީހާގެ ޖީބަށް ހަގީގަތުގައި ފައިސާ ވަންނާނެ ގޮތް ހައްދަވާ ދެއްވުމުގެ މަސައްކަތެވެ. ފުރިހަމަކޮށް ދެއްވަމުން އެދަނީ ލާމެހިފައިވާ ޖަޒީރާ ރާއްޖޭގެ ތަސައްވުރެވެ.      

ރަށްރަށުގައި ލަފާފުރޭނެ ގޮތް ވުމަކީ ނަޝީދުގެ ކުރިފުޅުމަތީގައި އަގެއް ހުރިކަމަކަށް ނުވެއެވެ. ރަށްރަށުގައި ނަޖިސް ފެންބޮއެ  ނަޖިސްފެނުން ފެންވެރުމަކީ ނަޝީދަށް ކަންބޮޑުވެ ވަޑައި ގަންނަވާ ކަމަކަށް ނުވެއެވެ. ބައުވެ ހަސްނެތި ފެން ތަގައްރުވެ ވައިނުސާފު ކުރާ އިންޖީނުގެތަކުން ރަށްރަށުގައި އުޅޭ މީހުން ސަލާމަތް ކުރުމަކީ ތިމާވެށީގެ ޗެންޕިއަން ނަޝީދަށް ކަމުދާ ކަމަކަށް ނުވިއެވެ. ރަށްތައް ގިރުމުން ސަލާމަތްކޮށްދީ ރަށްރަށް ވެލިން މުއްސަދިކޮށްދޭން ކުރެވޭ މަސައްކަތަކީ ނަޝީދުގެ ކުރިފުޅުމަތީގައި އިސްރާފެވެ.

ހިލޭ ޑިގްރީއަށް އެތައް ހާސް ކުދިން ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަކީ ރައީސް ނަޝީދަށް ގަބޫލު ކުރެއްވޭ ކަމެއް ނޫނެވެ. ސްޓޭޑިއަމްތަކާ ކުޅިވަރު ދަނޑުތަކާ ކޯޓުތައް ރަށްރަށުގައި އަޅާ ރަށްރަށުގައި އުޅޭ ކުދިން ޖިމްތަކަށް ގޮސް ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ވާން ނަޝީދު ބޭނުންފުޅެއް ނުވެއެވެ.

މި ހުރިހާ ކަމަކުން ލާވަށާޖެހޭ ހަގީގަތަކީ ބޭފުޅިޒަމްގެ އަސަރު ފިލާ ނުދާކަމެވެ. ސިންގާ ސަނާޔާ ބީރައްޓެހިންނާ ހަމަ ނޫން ކަމެވެ. އަދިވެސް ރަށްފުށު ގަބުޅި ކަތީބުން ތިބެންޖެހޭނީ ގަނޑުވަރުގެ ތިރިގޮނޑީގައި ކަމެވެ.

]]>
Sat, 14 Jan 2023 10:08:13 +0500 ހީރަސް
ވާދަވެރި އިދިކޮޅަށް ވުރެ ނަޝީދުގެ ދެކޮޅުވެރިކަން މާބޮޑު https://heerasnews.com/906 https://heerasnews.com/906 ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑީގައި ރައީސް ނަޝީދަށް އިންނެވެނީ ބަޔަކު ބައިންދަވާތީކަން ރައީސް ނަޝީދަށް އޮޅިވަޑައިގަތުމަކުން ހައިރާނެއް ނުވެއެވެ. ރައީސް ނަޝީދު ރައްޔިތުންގެ ތެރެއަށް ނިކުންނަވާ ގަދަބަސް ވިދާޅުވެވެނީ މި ވަގުތު އެމްޑީޕީގެ ރައީސް ކަމަށް ވާތީ އެ މަގާމަށް އޮތް އިހުތިރާމެއްގެ ސަބަބުންކަން އެނގިވަޑައިނުގަތުމަކީ އަޖައިބެއް ނޫނެވެ.

އެމްޑީޕީ ޑިމޮކްރަސީއާ ދުރަށް ދާ ވާހަކަ ރައީސް ނަޝީދު ދެއްކެވީމާ އަންނަނީ ހަރުހަރުން ނިކުމެގެން ހިންޏެވެ. ކުރިޔާ ހިލާފަށް އެމްޑީޕީގެ ކަންކަން ނިންމަނީ މެޖޯރީޓީއަށެވެ. ވަކި އެކަކު ބޭނުންވާ ގޮތަކަށް ނޫނެވެ. ޕާލަމެންޓްރީ ގްރޫޕްގެ ކަންކަން ނިންމަނީ ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީއަށެވެ. އިދާރީ ކޮންމެ ކަމެއްގައި އަމަލު ކުރެވެނީ ގައުމީ މަޖިލީހުން ނީންމާ ގޮތެއްގެ މައްޗަށެވެ. އިންތިހާބުތައް ބޭއްވެނީ އަސާސީ ގަވައިދާ އެއްގޮތަށެވެ. ޑިމޮރަސީއަކީ އެނޫން ކޮން އެއްޗެއް ހެއްޔެވެ. ރައީސް ނަޝީދު ހޮއްވަވަން ބޭނުންފުޅުވި ޗެއަރޕާސަން ނުހޮވީ ޑިމޮކްރެޓިކް ހަމައިން އާއްމު މެންބަރުންނެވެ. ޕީޖީގްރޫޕާއި ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ބޭނުންފުޅު ވާހާކަމެއް ބޭނުންފުޅު ގޮތަކަށް ނުނިމެނީ ރައީސް ނަޝީދު މެޖޯރިޓީއާއި ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާތީއެވެ. ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ކާމިޔާބުވެ ވަޑައިނުގެންފިއްޔާ އުޅުއްވާނެ ހުތުރު ވައްތަރު މިހަރުވެސް ހިތައް ގެނެވެއެވެ. ބަލި ގަބޫލެއް ނުކުރައްވާނެއެވެ. އުފައްދަވާނީ ފިތުނައެވެ.

އެމްޑިޕީގެ އަސާސީ ގަވައިދުގައި ސިޓިންގ ޕްރެޒިޑެންޓަށް ދެވަނަ ދައުރަކަށް ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދެވެން އޮތް އިރުވެސް އެމްޑީޕީ އިސްކުރީ އެންމެ ޑިމޮރެޓިކް ގޮތެވެ. ރައީސް ސާލިހު ވެސް ބޭނުންފުޅުވެ ވަޑައިގަތީ އެގޮތެވެ. މި ހާލަތުގައި ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ނަމަ ޕްރައިމަރީއަކަށް ވަޑައިނުގެން އިސްކަން ދެއްވީހީ އަސާސީ ގަވައިދުން ލިބެދޭ ވާދަ ނުކުރެއްވުމުގެ ފުރުސަތަށް ކަމާމެދަކު ޝައްކެއްނެތެވެ. 

ރައީސް ނަޝީދެއް ކަމަކު ޖެހިވަޑައިގަންނަވާނީ މެޖޯރިޓީއަށް ތަބާވެ ވަޑައިގަންނަވާށެވެ. މެޖޯރިޓީ ރައީސް ނަޝީދަށް ތަބާވަކަށް ނުޖެހެއެވެ. އަމިއްލަފުޅު ޖާހާ ހައިބަތު ރައްޔިތުންގެ ކުރިމަތީ ވައްޓަވާލައްވަނީ އަމިއްލަފުޅަށެވެ. ޕާޓީގެ ރައީސްކަމުގައި ހުންނަވާ ޕާޓީގެ މެޖޯރިޓީ ވިސްނުމަށް ތާއީދު ނުކުރައްވަނީ ވެސް ރައީސް ނަޝީދެވެ. ޑިމޮކްރަސީއަކީ ރައީސް ނަޝީދެއް ނޫނެވެ. އެމްޑީޕީގެ އުސޫލުތައް މުގުރާލެއްވުމުގައި ޕީޕީއެމާ ބައިއަތު ހިއްޕަވައިގެން އަވަދި ނެތި މިހާރު ވެސް އުޅުއްވަނީ ރައީސް ނަޝީދެވެ.

ރައީސް ނަޝީދު ބަގާވަތުގެ ވާހަކަ ދައްކަވާއިރު އަމިއްލަފުޅު ލީޑަރޝިޕް އޮތް ޕާޓީ އިސްވެ އޮވެ ހިންގާ ސަރުކާރު ވައްޓާލަން ރައީސް ނަޝީދު ނުކުރައްވަނީ ކީއްހެއްޔެވެ. 2018 ގައި އުފެދުނު ސަރުކާރުގައި ވަޒީރުކަން ކުރައްވާ އެމްޑީޕީއަށް ނިސްބަތްވެ ވަޑައި ގަންނަވާ ހުރިހާ ވަޒީރުންނަކީ ރައީސް ނަޝީދު އެންޑޯސް ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. ފައްޔާޒެއް ޝާހިދެއް މާރިއާއެއް އަމީރެއް އަސްލަމެއް އައިޝްތެއް ކިޔާނެ ކަމެއް ނެތެވެ. މިހާރަކު އެއިން އެއްވެސް ބޭފުޅަކީ ރައީސް ނަޝީދަށް ކަމުދާ ބޭފުޅުންނަކަށް ވެވަޑައެއް ނުގަންނަވައެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެއިގެން ބައެއް ވަޒީރުން މަގާމުން ދުރު ކުރައްވަން ވެސް ލައްކަ ސަކަރާތް ޖެއްސެވިއެވެ. އެފަދ ކޮންމެ ކަމެއްވެސް ގޮއްވާލެއްވި އަމިއްލަ އަތްޕުޅަށެވެ.

ސްޓޭޓް މިނިސްޓަރުންނާއި އެނޫން ވެސް ހުރިހާ ސިޔާސީ ޕޯސްޓަކަށް ބޭފުޅުން އައްޔަނު ކުރެއްވީ ވެސް ރައީސް ނަޝީދު އެދިވަޑައިގެން ހުށަހަޅުއްވާ ރުހުން ދެއްވި ގޮތަށެވެ. އެ ބޭފުޅުން މަގާމް ތަކަށް އިސްކުރެއްވީ ރައްޔިތުންނަށް ހިދުމަތްކޮށް ހެޔޮވެރިކަމެއް ހިންގާށެވެ. ރައީސް ނަޝީދު ވިދާޅުވާހާ ގޮތަކަށް ކަންކަން ކުރާކަށް ނޫނެވެ. އެމްޑީޕީގެ ސްލޮޓެއްގައި ވަޒީފާ ލިބުމަކީ ރައީސް ނަޝީދުގެ އަޅުންނަށް ވާންޖެހޭ ކަމެއް ނޫނެވެ. އެހެނެއް ކަމަކު އެއިގެތެރެއިން ބައެއް ބޭފުޅުން ބޭނުން ކުރައްވައިގެން ސަރުކާރު ހިންގަން ދަތިކުރައްވާ ސަރުކާރާއި ރައްޔިތުންނާ ޖެއްސުމަށް ކަންކަން ރައީސް ނަޝީދު ލަސްކޮށް ފަސް ކުރުވިއެވެ.

ރައީސް ސާލިހަށް ވާދަވެރި އިދިކޮޅަށް ވުރެ ރައީސް ނަޝީދުގެ ދެކޮޅުވެރި ކަމުން އުދަގޫތައް ކުރިމަތިވެ ވަޑައިގަތެވެ. އެހެނަސް ރައީސް ސާލިހު ކެތްތެރިކަމާއެކު ރައީސް ނަޝީދުގެ ބައިވެރިވެ ވަޑައިގަތުން ހޯއްދެވުމަށް ގިނަގުނަ މަސައްކަތްޕުޅުތައް ކުރެއްވިއެވެ. އިހުތިރާމާއެކު ހައްގު މަގާމް ދެއްވިއެވެ. އިދިކޮޅަށް ޗުއްޕުވެސް ވިދާޅެއް ނުވެއެވެ. އިސްކުރެއްވީ ޑިމޮކްރެޓިކް ތަފާތު ހިޔާލަށް އިހުތިރާން ކުރެއްވުމުގެ ސިފައެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރެއްވެން އޮވެމެ އިސްކުރެއްވީ މަސްލަހަތެވެ.

ހަމަތެދެކެވެ. ރައީސް ނަޝީދު ވިދާޅުވާއިރަށް ރައީސް ނަޝީދަށް ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ދައުލަތުގެ ނިޒާމް ބަދަލު ކުރައްވަން ނޫޅުއްވުމުން ނަޝީދުގެ ހިތްޕުޅުގައި އޮތް ހަސަަދައިގެ ހުޅުފަޅައިގެން ދިޔައީއެވެ. ރައީސް ނަޝީދު އެ ވިދާޅުވާ ޑިމޮރަސީއާއި ބީރައްޓެހި ސިފައަކީ ވެރިކަމުގެ ނިޒާމް ބަދަލު ކުރައްވަން ރައީސް ސާލިހު ނޫޅުއްވުމެވެ. އެމްޑީޕީވެސް ނިޒާމު ބަދަލު ކުރަން ބޭނުން ނުވާކަން އެންމެ ފަހުން އޮތް ކޮންގްރެހުން ސާފުވިއެވެ. ގިނަ މީހުނަށް އެ ގޮތް ނުފެނުމުން ގިނަ މީހުންނަށް ނުފެންނަ ގޮތް އެއީ ޑިމޮކްރަސީ ކަމަށް ވަންޏާ ޑިމޮކްރަސީއަކީ އެންމެ މީހެއްގެ ގޮތެވެ. އެ މީހަކީ ރައީސް ނަޝީދެވެ.

]]>
Fri, 13 Jan 2023 13:54:02 +0500 ހީރަސް
ރައީސް ނަޝީދު ހުންނެވީ އެކްސްޕަޔަރވެފަ! https://heerasnews.com/902 https://heerasnews.com/902 އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅަކަށް ޖެހިގެން އަންނަ ދައުރުގެ ޓިކެޓް ޕްރައިމަރީ އަކާނުލާ ދިނުމަށް އެމްޑީޕީގެ އަސާސީގަވައިދުގައި އޮވެއެވެ. ޕާޓީ ޓިކެޓްގައި ހޮވި ވަޑައިގެންފައި ވަނިކޮށް ދެވަނަ ދައުރަކަށް ވާދަކުރެއް ވުމަށް ފްރީ ޓިކެޓް ލިބިވަޑައިގެން ވާދަ ކުރައްވާ ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގަންނަވާ ބޭފުޅަކަށް ރިޔާސީ އިންތިހާބުގައި އިތުރަށް ވާދަ ކުރެއްވުމުގެ ފުރުސަތެއް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ނޯވެއެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވަފައި ވާތީ 2013 ގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް އެމްޑީޕީން އެރުވީ ޕްރައިމަރީއަކަ ނުލައެވެ. ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށެވެ. އެހެނަސް 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވެވަޑައިގަތީ ބައްޔެވެ. އެހެން ދިމާވުމުން ޑިމޮކްރެޓިކް އުސޫލުން ކަން ހިނގާ ނަމަ ރައީސް ނަޝީދު އެ ހިސާބުން އެ ހުންނެވީ އެކްސްޕަޔަރ ވެފައެވެ. އެހެނަސް ނަމަވެސް ރައިސް ނަޝީދާ ޖެހުމުން އެމްޑީޕީގެ ޑިމޮކްރެޓިކް އުސޫލުތަކާއި ދުނިޔޭގެ ރީތި ހަމަތައް ނަޝީދަށްޓަކައި ފުނޑާލިއެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަ ނޫނަސް އެހެން މީހަކު ވާދަ ނުކުރާ ފެންނުހިފޭ ޕްރައިމަރީއެއް ބާއްވާ ޕާޓީގެ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ހޯއްދެވިއެވެ. 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްކޮށް އޮއްވައެވެ.

ގާނޫނީ ގޮތުން ވާދަ ކުރެއްވޭން އޮތް މަގު ނަޝީދަށް ބަންދުވެ ރިޔާސީ އިންތިހަބުގެ ކުރީން މިނިވަންވެ ވަޑައި ނުގަންނަވާނެ ކަން ކަށަވަރުވެ އިންތިހާބުގެ ދުވަސް ކުޑަތަން ވުމުން އެމްޑީޕީއަށް މަޖުބޫރުވީ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ފޮރޮޅާލާށެވެ. އެއީ ފަހަރެއްގައިވެސް ނަޝީދު ހެޔޮފުޅުކަމުން ކޮށްދެއްވި ކަމެއް ނޫނެވެ. އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭތީ ކުރަން ޖެހުނު ކަމެކެވެ.

އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާ ބަލިވެ ވަޑައިގަންނަވާ ބޭފުޅުންނަކީ ދެވަނަ ފަހަރަށް ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންނެއް ނޫނެވެ. އެހެނަސް ނަޝީދާ ޖެހުމުން ޑިމޮކްރެޓިކް ޕާޓީގެ ޑިމޮކްރެޓިކްކަމާއި އިންޓަނެޝަނަލް ބެސްޓް ޕްރެކްޓި ވެސް ޖެހުނީ އޮޅާލާށެވެ.

ވީގޮތެއްވެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ނިކުންނެވި ރައިސް ސޯލިހެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން ސިޓިންގ ޕްރެޒިޑެންޓަށް ދެވަނަ ދައުރުގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދޭން ޖެހެއެވެ. އެހެން ނަމަވެސް ރައީސް ސާލިހު ތަބަކުން ޓިކެޓް ބޭނުންފުޅުވެ ވަޑައެއް ނުގަންނަވައެވެ. މިއަދު އެމްޑީޕީގެ ރޫހު ހުރިގޮތަށް ބަލާއިރު ރައީސް ސާލިހު ބޭނުންވެ ވަޑައިގެންނަމަ ޕްރައިމަރީއަކާ ނުލާ އެ މަނިކުފާނަށް ރިޔާސީ ޓިކެޓް ހޯއްދެވުނީހެވެ. ރައީސް ސާލިހު ހިޔާރު ކުރެއްވީ އެގޮތެއް ނޫނެވެ. އެންމެ ޑިމޮކްރެޓިކް ގޮތުގައި ރަނަގަޅު ވާދައެއް ކުރައްވައިގެން ދެވަނަ ދައުރަށް ޓިކެޓް ހޯއްދެވުމަކީ ރައީސް ސޯލިހަށް ވެސް އެމްޑީޕިއަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ. ހެދުނު އެއްޗެއް ހައްދަވައިގެން ޓިކެޓެއް ހޯއްދަވައިގެން އެމްޑީޕީއަށް ވެރިކަން ގެންލޭނެ ގޮތަކަށް މަސައްކަތް ޕުޅު ކުރެއްވުމަކަށް ރައީސް ސާލިހު ބޭނުންފުޅެއް ނޫނެވެ.

]]>
Thu, 12 Jan 2023 12:39:46 +0500 ހީރަސް
އިބޫއަށް ޓިކެޓް ނުދިންނަމަ އަންނި އޮތީހީ އަދިވެސް ޖަލުގަ! https://heerasnews.com/901 https://heerasnews.com/901 ރައީސް ނަޝީދަކީ މީސް މީހުން ވެރިކަމަށް އަރުވާ ބޭލުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫނެވެ. އެފަދަ ވަކި މީހަކު އަދި މި ރާއްޖެއަކު ނެތެވެ. މީހުން ވެރިކަމަށް އަރުވާ ބޭލުމުގެ ގާބިލުކަން ރައީސް ނަޝީދުގެ ކިބައިގައި ހުންނެވި ނަމަ 2013ގައި ވެރިކަމަށް އަރާވަޑައި ނުގަތީ ކީއްވެ ހެއްޔެވެ. އެއްބުރުން ނުވެގެން ދެވަނަ ބުރުންވެސް ރައީސްކަން ލިބި ވަޑައެއް ނުގަތެވެ. ވެރިކަން ހޯއްދެވީ ރައީސް ޔާމީނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދެއްވީ ވެސް ރައީސް ނަޝީދެއް ނޫނެވެ. އެންމެ ފަހުވަގުތާ ޖެހެން ދެންވެސް އެމްޑީޕީގެ ޓިކެޓް ހިސޯރު ކުރައްވައިގެން ޖަލުން ފިއްލަވާ އަމިއްލަފުޅަށް އަރުވާ ލެއްވިގެން ހުންނެވީ ވެސް އެހެން މީހަކަށް ފުރުސަތު ލިބުނަ ނުދެއްވާށެވެ. ގިނިކަންޏާ ވާދަކުރައްވައިގެން ބާލިދީއާއި ސިމެންތިގަށާ މެޝިނުން ހޯއްދެވި ރިޔާސީ ޓިކެޓްގައި ބަގުޑިބައްދަވައިގެން އުޅުއްވީ އަމިއްލަފުޅަށް ކުރެއްވެންނެތް ވެރިކަމެއް ޕާޓީ އެހެން މީހަކު ކުރިޔަ ނުދެއްވާށެވެ. ރައީސް ނަޝީދު އުޅުއްވީ އެމްޑީޕީން ކެންޑިޑޭޓަކު ނެރުނަ ނުދެއްވާށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު އޭރު އޮތްގޮތުން އެމްޑީޕީން ކެންޑިޑޭޓަކު ނެރުމުގެ މުހިންމުކަން ބޮޑުވެ އުކުޅަހު ކޮންގްރެސްގައި ރައީސް ސާލިހަށް ޓިކެޓް ފުރޮޅާލީ ކޮންގްރަސްމަނުން ބޭނުން ވެގެންނެވެ. ފަހަރެއްގައިވެސް ރައީސް ނަޝީދު ބޭނުންފުޅުވެގެނެއް ނޫނެވެ. ރައީސް ނަޝީދު ބޭނުންފުޅު ވިޔަސް ނުވިޔަސް އެމްޑީޕީ 2018ގައި ރައީސް ނަޝީދު ނޫން އެހެން ފަރާތަކަށް ރިޔާސީޓިކެޓް ފުރޮޅާލީހެވެ. ރައީސް ނަޝީދު ޖަލުން މިންޖުވާން ވެސް އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީ އިސްވެ އޮވެ ކުރާ ވެރިކަމެއް ރާއްޖޭގައި އޮތުމެވެ. އެކަމަށްޓަކާ ގޮތް ހުސްވެ ވަޑައިގެން ދޫދެއްވަން ރައީސް ނަޝީދަށް މަޖުބޫރުވެ ވަޑައިގަތީއެވެ. އެނޫން ގޮތަކަށް ވެރިކަން ފުރޮޅުނު ނަމަ އަދިވެސް ރައީސް ނަޝީދު އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައިކަން ރައީސް ނަޝީދު މިހާރަކު ހަނދުމަފުޅެއް ނެތެވެ.

ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން މިނިވަންވެ ވަޑައިގެން މާލެ ވަޑައިގެން ދިމާ ކުރެއްވީ ރައީސް ސާލިހާއެވެ. އެންމެ ފަހުން އުކުޅަހު ކޮންގްރެސް ވެސް އުކުޅަހު ބަގާވާތުގެ ގޮތުގައި ސިފަކުރެއްވީއެވެ. އެވަރު ބޭފުޅަކު ރައީސް ސާލިހު ވެރިކަމަށް އެރުވީ އެ މަނިކުފާނޭ ވިދާޅުވީމާ އަންނަނީ ހިންޏެވެ.

]]>
Wed, 11 Jan 2023 20:27:29 +0500 ހީރަސް
ނަޝީދަށް ނެތް ވެރިކަމެއް އެމްޑީޕީއަށް އޮތަކަ ނުދޭނެ https://heerasnews.com/900 https://heerasnews.com/900

އަށާރަ މަސް ދުވަހު ވެރިކަން ކުރަން ދިވެހި ރައްޔިތުން ދުވަހަކުވެސް ވެރިއަކު ހޮވާފައެއް ނުވެއެވެ. 2018 ގައި އިއްތިހާދު ވެގެން ރައީސް ޔާމީނާ ދެކޮޅަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ގެނައީ 18 މަސް ދުވަހަކަށް ނޫނެވެ. ފަސް އަހަރު ދުވަހަށެވެ. އިއްތިހާދުވި ހުރިހާ ލީޑަރުން 18 މަސް ދުވަހަށް އިއްތިހާދު ވީނަމަ އަށާރަ މަސްވުމުން އެ ވާހަކަ ދެއްކެވީހެވެ. ހޮދު ރައީސް ނަޝީދު ވެސް މީގެ ކުރިއަކުން އެ ވާހަކަ އެހެނެއް ނުދައްކަވައެވެ. ނިޒާމު ބަދަލުކުރާ ވާހަކަ ރައީސް ސާލިހަށް ހުށަހެޅުއްވި އިރުވެސް އަށާރަ މަހެއްގެ ވާހަކައެއް ދައްކަވާފައެއް ނެތެވެ. އެހެން ކަމުން 18 މަސް ދުވަހެއްގެ ވާހަކައަކީ ރައީސް ނަޝީދު އުފައްދަވައިގެން އުޅުއްވާ ހޮޅި ވާހަކައެކެވެ.

ރައީސް ނަޝީދަކީ އެ ވަގުތަކަށް އެ މަނިކުފާނުގެ ސިޔާސީ ހައިބަތު ފުޅާކުރެއްވުމަށް ހިތުހުރި ވާހަކަފުޅެއް ދައްކަވައިގެން މީހުންގެ ބޯ ދޮއްވަން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެ ފާޑަށް އުޅުއްވުމުގެ ސަބަބުން އިންތިހާ ދަރަޖައަށް އެ މަނިކުފާނުގެ މަގުބޫލުކަން ދަނީ ކުޑަވަމުންނެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވަނިކޮށް ޕާލަމަންޓްރީ ގްރޫޕްގެ ކޮންޓްޓްރޯލު ގެއްލި ވަޑައިގެންފިއެވެ. ގައުމީ މަޖިލިސް ގެއްލި ވަޑައިގެންފިއެވެ. ތާއީދު ކުރައްވާ ހޮއްވަވަން އުޅުއްވި ޗެއަރޕާސަން ކެންޑިޑޭޓް ވެސް ލަދުވެތި ބައްޔަކުން ވީ ބައްޔެވެ. ކޮންގްރެސްގައި ފާޅުގައި ޕާޓީގެ ރައީސާ ދެކޮޅަށް އަޑުއުފުލި ކުރައްވަން އުޅުނު އެއްކަމެއް ނުވެ ވެވަޑައިގަތީ ބާކީއެވެ.

ނިޒާމީ ވޯޓަކަށް ނުގޮސް ރިޔާސީ ޕްރައިމަރީ ނުބޭއްވޭނެ ކަމަށް ގަދަބަސް ވިދާޅުވެ ދެކޮޅު ހެއްދެވިއެވެ. ނިޒާމީ ވޯޓެއްގެ ވާހަކަ ދެކެވޭނެ ގޮތްނުވެ ރިޔާސީ ޕްރައިމަރީއަށް ނިކުމެ ވަޑައިގެން މަރުފަލި ޖައްސަވަން ފެއްޓެވީއެވެ. ޖަލުގައި ގައިދުކޮށް ނިޒާމުން ފުހެލަން އުޅުނު މީހުން އަމިއްލަޕާޓިގެ މެޖޯރިޓީ ސަރުކާރަށް ވުރެ ރައީސް ނަޝީދަށް ކަމުދެއެވެ.

2008 ގައި ލިބިވަޑައިގެން ވެރިކަން ވެއްޓި މަގުމަތިވެ ވަޑައިގަތުމުން މުޅި ޕާޓީއާއި އެނޫން ވެސް އެތައް ބައެއްގެ ހަމްދަރުދީ ލިބި ވަޑައިގެން ރައީސް ނަޝީދު މަގުބޫލުކަން އެންމެ މަތިވެގެން ދިޔައީ 2013 ގައެވެ. އެހެނެއް ކަމަކު 2013 ގައި ރައީސް ޔާމީނުގެ މައްޗަށް ދެވަނަބުރުން ވެސް ރައީސް ނަޝީދަށް ކުރިއެއް ނުހޯއްދެވުނެވެ. ބޮޑު ބައްޔަކުން ވެވަޑައިގަތީ ބައްޔެވެ. މިހާރު ރައީސް ޔާމީނަށް ޖެހިވަޑައިގެން ހުންނެވި ހާލުކޮޅު 2018 ގައި ރައީސް ނަޝީދަށް ޖެހިވަޑައިގަތެވެ. ރައީސް ކަމަށް ޝަރުތު ހަމަނުވާ ހާލުކޮޅެއްގައި ހުންނަވަނިކޮށް ހަމައެއް ލަމައެއް ނެތި ޖަޒުބާތުގައި ރިޔާސީ ޓިކެޓް ނަޝީދަށް އެރުވީ ވާދަކުރުމެއް ނެތި ފެންނުހިފޭ ޑަމީ އިންތިހާބަކުންނެވެ. އާހިރުގައި ކުރިމަތި ނުލެއްވި އެކަން ވެސް ދިޔައީ ތޮޅިއަށެވެ.

ރާއްޖޭގެ ރައީސްކަން ކުރައްވާ އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ލީޑަރު ކަމުގައި ހުންނަވާ އަލަށް އުފަންކުރި ކުރިން ނުއުފަންނަ ކުޑަކުޑަ ދާއިރާއަކުން ލޯ ނުދެކޭ އައު ކުޑަކުޑަ ކުއްޖަކާ މަޖިލީހަށް ވާދަ ކުރައްވައިގެން ހޮވިވަޑައިގަތީ ކިރިޔަ ކިރިޔާއެވެ. އަނެއްކޮޅުން ދެބޯގެރި ދުއްވަވައިގެން މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ސަވާރުވެ ވަޑައިގެންނެވުނަސް ރައީސްކަން ކުރެއްވޭ ވަރުގެ މަގުބޫލު ކަމެއް މިހާރަކު ރައީސް ނަޝިދުގެ ނެތެވެ.

ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައި ނުގަންނަވަންޏާ އެމްޑީޕީއަށް ވެރިކަން އޮތަ ނުދޭން ކުރައްވާ މަސައްކަތް ރައީސް ނަޝީދު ހުއްޓަވާ ނުލައްވާނަމަ ހުތުރު ނިމުމަކުން އެމްޑީޕީއާއި ރައީސް ނަޝީދު ނިމިދިޔުން ގާތެވެ. އެކަމަށް ރައީސް ސާލިހު ފުރުސަތެއް ނުދެއްވާނެއެވެ.

]]>
Wed, 11 Jan 2023 11:50:07 +0500 ހީރަސް
ހިފެހެއްޓުމެއް ނެތް ތާއީދު ރައީސް ސާލިހަށް https://heerasnews.com/887 https://heerasnews.com/887 ރ. އަތޮޅުގެ ރައްޔިތުންގެ ތާއީދު ރައީސް ސާލިހަށް ހޮއްދަވަ ދެއްވުމަށް އެ އަތޮޅު ރައްޔިތުންގެ މަޖިލީސްގެ ގިނަ މެންބަރުން ތިއްބެވީ އަތު ގުޅާ ލައްވައިގެނެވެ. އުނގޫފަރު ދައިރާގެ މެންބަރު ވައްދެއާއި މީދޫ ދައިރާގެ މެންބަރު އާދަމް ޝަރީފު އުމަރުމެން ކިތަންމެ އިދިކީލި ވިޔަސް މުޅި ރ. އަތޮޅުހެން ތިބީ ރައީސް ސާލިހުގެ ފަހަތްޕުޅުގައެވެ. އަލިފުށި ދައިރާގެ މެންބަރ ބިގޭއާއި ދުވާފަރު ދައިރާގެ މެންބަރ އިއްސެއާއި އިނގުރަދޫ ދާއިރާގެ މެންބަރު ހަސަންޓޭ ހުންނެވީ ތަފާތު ދައްކަވަން އެއްރޮއްޖަށް ފޫގަޅުއްވައި ގެނެވެ. އެ ބޭފުޅުންގެ ޖޯޝާ ފޯރި ދިމާލަށް އެހުރީ ފެންނާށެވެ. 

]]>
Mon, 09 Jan 2023 15:09:45 +0500 ހީރަސް
ގާސިމް ފަހަތަށް ޕީޕީއެމް އަރަން ޔާމީނު އެންގުން https://heerasnews.com/882 https://heerasnews.com/882 ޕީޕީއެމްގެ  މަދަދުގައި  ގާސިމަށް  ވެރިކަން  ހޯދައިދީގެން  ވެސް  ޖަލުން  ނުކުތުމަކީ  ޔާމީނަށް  އެންމެ  މުހިންމު  ކަންތަކަށް  ވާނެއެވެ.  އަނެއް  ކޮޅުން  ކޮންމެ  ފަދަ  ކަމެއް  ކޮށްގެން  ވެސް  ރާއްޖޭގެ  ރައީސުލް  ޖުމްހޫރިއްޔާ  ކަން  ނޫން  ހުރިހާ  ކަމެއް  ގާސިމަށް  ޙާޞިލު  ވެއްޖެ  އެވެ.  އަޑުއިވޭ  ގޮތުން  މިކަން  ކުރުމަށް  ގާސިމް  އިބްރާހީމް  އާ  މަޝްވަރާ  ކުރުމަށް  ޕީޕީއެމްގެ  ލީޑަރޝިޕަށް  ޔާމީނު  އަންގައިފިއެވެ.

ޔާމީނަށް  އޮތީ  ކޮންމެ  ފަދަ  ކަމެއް  ކޮށްގެން  ވެސް  ޖަލުން  ނުކުތުމެވެ.  ނަޝީދު  ފަހަތަށް  ޕީޕީއެމް  އެރުވުމަކީ  ފަސޭހަ  ކަމެއް  ނޫނެވެ.  ނަމަވެސް  ގާސިމަކީ  2013  ގައި  ޕީޕީއެމަށް  ވެރިކަން  ލިބުނު  ސަބަބެވެ.

ނަޝީދުގެ  އޮތީ  އެންމެ  ބޭނުމެއް  ކަމަށް  ފެނެއެވެ.  އެއީ  ކޮންމެ  މީހަކާ  ބައިވެރި  ވެގެން  ވެސް  އިބޫ  ބަލި  ކުރުމެވެ.  އެކަމަކު  ނަޝީދަށް  ތާއީދު  ކުރާ  އެމްޑީޕީ  މީހުން  ޕީޕީއެމް  ކެންޑިޑޭޓެއްގެ  ފަހަތަށް  އެރުން  ހިތަކަށް  ފަސޭހައެއް  ނުވާނެ  އެވެ. 

މިގޮތުން  ބަލާއިރު  ޕީޕީއެމް  މީހުންނާ  ނަޝީދަށް  ތާއީދު  ކުރާ  މީހުން  އެކެއްގެ  ފަހަތުގައި  ތިބެލަން  އެންމެ  އެކަށޭނަ  ފޮމިއުލާ  އަކަށް  ހުރީ  ގާސިމެވެ.

ވެރިކަން  ލިބުނީމާ  ޔާމީނަށް  އިތުރު  ހުކުމެއް  ޖަހަން  ވިޔަސް  އަދި  ނަޝީދާ  އަޅާ  ނުލާ  ނަޝީދާ  ޔާމީނު  ކުރިން  ގާސިމަށް  ހެދިގޮތް  ހަދާލަން  ލިބޭނެ  އެންމެ  ރަނގަޅު  ދަނޑިވަޅަކީ  މިއީއެވެ. 

މިއީ  ރައީސުލް  ޖުމްހޫރިއްޔާ  ކަމުގެ  މަގާމު  ހޯދުމަށް  ގާސިމަށް  ގުރުސް  ފެންމަތިވާ  އަހަރު  ކަމަށް  ވަނީ  ތޯއްޗެކެވެ.

މުޅި  ހަޔާތުގެ  އުންމީދު  ފުރިހަމަ  ކޮށް  ،  ސިޔާސީ  ކަންކަމުން  ލިބުނު  ހުރިހާ  ހިތި  އެންމެނަށް  ފިލުވާލާ  ،  ރައީސުލް  ޖުމްހޫރިއްޔާގެ  ޖުމްހޫރީ  ޕާޓީ  އެކަންޏަށް  ހަދާލަން  ލިބޭ  އަހަރަކީ  2023  އެވެ.

]]>
Sun, 08 Jan 2023 17:13:47 +0500 ހީރަސް
ނަޝީދު ވެސް ދަރަނި އަދާކުރަން ނެގީ ދަރަނި https://heerasnews.com/881 https://heerasnews.com/881 ވެރިކަމުގެ މަސްތުގައި ރައީސް ނަޝިދެއް ކަމަކު ވައި އަނގަ ނުތަޅުއްވާށެވެ. ދެބޯގެރި ދުއްވައިގެން ދިވެހިން މިއަދަކު ޅޮސް އުނދޯއްޔަކަށް ނުލެވޭނެއެވެ. 2008 ގައި ވެރިކަމަށް ވަޑައިގެންނެވީ ވެސް ދަރަނީގެ ވާހަކަ ދައްކަވައި ގެންނެވެ. ރައީސް މައުމޫނު ވެރިކަމުގައި އުފަން ނުވާ ކުދިންގެ ބޮލަށްވެސް ދަރަނި ނަންގަވާ ގައުމު ދަރުވާލާފައި އޮވެގެން އަވަހާރަ ނުލެއްޕެވިގެން ނަޝީދު އުޅުއްވިއެވެ. ވެރިކަން ލިބި ވަޑައިގަތުމުން ކުރެއްވި ކަމަކީވެސް ދަރަނި އަދާކުރަން ދަރަނި ނެންގެވުމެވެ. އޭރު އެ ކަމަކީ ހަލާލު މޮޅު ކަމެކެވެ.

އާނއެކެވެ. ވެރިކަން ހޯދާ މީހަކު ވެރިކަން ހޯދަނީ އެއިރަކު ގައުމުގައި އޮތް އަރަންޏަކާއި ދަރަންޏަކަށް ޒިންމާ ވެގެންނެވެ. ދަރަނި އަދާ ކުރާނެ ގޮތާއި އާމްދަނީ ހޯދާނެ ގޮތްތައް އެކަށައަޅައިގެންނެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ދައުލަތުގެ އެތައް މިލްކިއްޔާތެއް ސަރުކާރުގެ ކޮންޓްރޯލު ނުއޮންނަހެން ބޭރަށް ލީޒް ކުރެއްވިއެވެ. ކަސްޓަމް ޑިއުޓީ ނަގަމުން ރައްޔިތުންގެ އަތުން ޓެކްސް ނަގަންގަވަން ފެއްޓެވިއެވެ. އާއްމު ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ކުރު މަގެއް އޭރަކު ރައީސް ނަޝީދަކަށް ވެސް ނުދެއްކެވުނެވެ. ބަޖެޓް ޑެފެސިޓް ނުވާނެ ގޮތެއް ނުހެއްދެވުނުތާ އާމްދަނީއާއި ހަރަދު އެއް މިންވަރަކަށް ނުގެންނެވުނެވެ. ކަންމަތީ ފިހާރައިގެ ދަރަނި ކަނޑުވައެއް ނުލެއްވުނެވެ. އަތްފޯރާ ފަށަށް މުދަލުގެ އަގު ތިރިއެއް ނުކުރެއްވުނެވެ. އިންފްލޭޝަން މަތިވުން ނުހުއްޓުވުނެވެ. އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމެއް ނުކުރެއްވުނެވެ.

މައުމޫނު ވެރިކަމުގައި ނަގާފައިވަ ދަރަނި އަދާކުރަން ނަޝީދު ވެރިކަމުގައި ލޯނު ނުނަގާ ފަރަކު ނުޖެއްސުނެވެ. ނަޝީދު ވެރިކަމުގެ ދަރަނިތައް އަދާ ކުރަން ޔާމިނުގެ ވެރިކަމުގައި ލޯނު ނަގަން ޖެހުނެވެ. އެހެން އެކަން އޮތް އިރު، ޔާމީންގެ ވެރިކަމުގައި ނަގާފައިވާ ދަރަނި ދެއްކުމަށްޓަކައި މި ސަރުކާރުން ދަރަނީގެ މައްޗަށް ދަރަނި ނަގާ ވާހަކަ ރައީސް ނަޝީދު ދެއްކެވުމަކީ ތަފާލެއްގައި ދަނޑިން ތެޅުން ކަހަލަ ކަމެކެވެ.

ހަމަތެދެކެވެ. ދިރުމެއް ނެތް ފިކުރެއް ދިރުވާކަށް އެމްޑީޕީ މިއަދަކު ނޫޅެއެވެ. ހިނގާ އުމްރާނީ މަސައްކަތް ތަކަކީ ތަރައްގީ ނޫންކަމަށް ދައްކާ ފިކުރަކީ ފިކުރެއް ނޫނެވެ. ރައްޔިތުން ބޭނުން ވަނީ ތަރައްގީއަށްޓަކާ މީހުން އުޅޭ ކޮންމެ ރަށަކީ އުމްރާނީ އަސާސީ ހިދުމަތްތައް ލިބޭ ތަނަކަށް ވުމެވެ. ނަޖިސްފެނުން ފެންވަރައިގެން ކިސަޑުފެން ބޮއެގެން ލަފާނުފުރޭ ބަޔަކަށް އަންނާނެ ތަރައްގީއަކީ ވައި އަނގަ ތަރައްގީއެވެ. ރައްޔިތު މީހާ ރަށުގައު ހުރެ ޖީބަށް ފައިސާ ވަންނާނެ ގޮތަކީ ކޮންމެ ރަށަކީ މަސައްކަތުގެ ވެއްޓެއް އޮތްތަނަކަށް ނެދުމެވެ.

ލިބޭ އާމްދަނީ ކުރެވޭނީ ފަސޭހަކަމާއި އަވަސް ކަމާއެކު ރަށްރަށަށް ދަތުރު ފަތުރު ކުރެވި އަރާފައިބަން ފަސޭހަ ވެގެންނެވެ. ކަރަންޓާ ފެނާ ނަރުދަމާގެ ހިދުމަތް ފެންވަރު ކުރި ގޮތެއްގައި ދެވިގެންނެވެ. އިގުތިސާދީ އިންޖީނު ހިނގައި ގަންނާނީ ހުރިހާ ހުރިހާ ފިސްޓަނެއް އެކު އެކުގައި ރަގަޅަށް ހިނގައިގެނެވެ. ރައީސް ސާލިހު އެކުރައްވަނީ އެ މަސައްކަތްޕުޅެވެ. ސިޔާސީ ބޭނުމުގައި ވޯޓު ހޯދަން ތަޅާ ވައިއަނގައިން ރައްޔިތުމިހާގެ ޖީބު ފުރޭނެ ނަމަ އެކަން ދިވެހިންނަށް ވާނެތާ ކޮން ދުވަހެއް ހެއްޔެވެ.

]]>
Sun, 08 Jan 2023 14:09:20 +0500 ހީރަސް
މަރުވެފައިވާ ކަލްޓް ފިކުރެއް ނުދިރޭނެ! https://heerasnews.com/873 https://heerasnews.com/873 ކަންކަން އޮޅުވާ ނުލައްވާށެވެ. ރާއްޖޭގެ ރައްޔިތުންނަށް މޮޅާ ރަނގަޅާ ލާބަ އޮތީ އެމްޑީޕީގެ ރައީސަކު ހުރެގެން ކަމަށް އެންމެ ބާރަށް ވާހަކަ ދައްކަވަނީ ރައީސް ނަޝީދެވެ. މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮންނަން ޖެހޭ ކަމަށް ވިދާޅުވެ އަޑު އުފުއްލެވީ ނަޝީދެވެ. އެމްޑީޕީގެ ކައުންސިލަރުން ތިބެގެން ނޫނީ ރަށްރަށް ތަރައްގީ ނުކުރެވޭނެ ކަމަށް ވަކާލަތު ކުރައްވަނީ ވެސް ރައީސް ނަޝީދެވެ. ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ މެޖޯރިޓީގެ އެއްބާރުލުން ސަރުކާރަށް ނުލިބި ދައުލަތް ރަނގަޅަށް ނުހިނގާނެ ކަމަށެވެ. ކައުންސިލް ތަކަކީ ސަރުކާރާ ތަފާތު ހިޔާލުގެ ބަޔަކަށް ވެއްޖެ ނަމަ ރަށްރަށް ތަރައްގީ ކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

ރައްޔިތުން އެއަޑު އަހާ އެމްޑީޕީއަށް 2018ގައި ރައީސްކަން ދިނެވެ. ރައީސުލްޖުމްހޫރިއްޔާކަން ކުރައްވަނީ ރައީސް ނަޝީދު ނޫނެއް ކަމަކު ހަމަ އެމްޑީޕީންނެވެ. އެމްޑީޕީގެ ފުރިހަމަ އެއްބާރުލުމާއި ރައްޔިތުންގެ %68 މީހުންގެ ވޯޓުން ރާއްޖޭގެ ރައީސަކަށް އެ ހުންނެވީ އެމްޑީޕީގެ އިސްލީޑަރެވެ. އެމްޑީޕީން ރައީސްކަން ކުރާތީ މަޖިލީހުގެ 65 ގޮނޑި ވެސް ރައްޔިތުން އޮތީ އެމްޑީޕީއަށް ދީފައެވެ. ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކުގެ ބޮޑު މެޖޯރިޓީ ރައްޔިތުން ދިނީ އެމްޑީޕީއަށެވެ. އެކަން ކުރީ ރައީސް ކަމުގައި ހުންނެވީ އެމްޑީޕީގެ ރައީސް ނަޝީދު ނޫންކަން ރަނގަޅަށް އެނގިތިބެއެވެ.

ހަމަ ތެދެކެވެ. ރައީސް ނަޝީދު ވިދާޅުވިހެން މަޖިލީހުގެ އެމްޑީޕީ މެޖޯރިޓީ އޮތީ ސަރުކާރާއެކު ރައްޔިތުންނަށް ހިދުމަތް ކުރަން ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައެވެ. ކައުންސިލަރުންގެ މެޖޯރިޓީ ވެސް އޮތީ ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގެ ތަރައްގީއަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ބަދަހިކޮށެވެ. އޭގެ ނަތީޖާ ވެސް އެހަމެ ފޮންޏެވެ. ރަށްރަށު މީހުން ހުވަފެނުން ވެސް ނުދެކޭހާ ބާރަށް ފަތުއަޑު ކިޔާފައި ތަރައްގީގެ ކަންކަން އެބަ ހިނގައެވެ. ކަމެއް ނުވިއްޔާ ނުވެ އޮންނަނީ އިދިކީލި ވެގެން ކަންކަން ކުރިޔަ ނުދޭން އުޅޭ މެންބަރުންނާއި ކައުންސިލަރުންނާ ހެދިއެވެ. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ކަމެއް ކުރިޔަ ނުދޭން ކުރާ ކަންކަމުގެ ސަބަބުންނެވެ.

ވަޒީރުންނާއި ރައީސަށް އެއްބާރުލުން ދީގެން ކަންކަން ނުވާނެ ކަމަށް ރައީސް ނަޝީދު މިހާރު ވާހަކަ ފުޅު ދެއްކެވީމާ ދައްކަވާ ވާހަކަފުޅު ތަކުގެ އިހުލާސްތެރިކަމެއް ނެތްވަރު ހާމަ ވަމުން އިތުބާރު ކެނޑެމުން ދިޔުން ނޫން ކަމެއް ނުވެއެވެ. އެމްޑިޕީއަށް ރައްޔިތުން އިތުބާރު ކުރަނީ ވަކި މީހެއް ވެގެންނޫނެވެ. އެކަން ވަރަށް ސާފުކޮށް އެމްޑީޕީ މެންބަރު އެ ދަނީ ސާބިތުކޮށް ދެމުންނެވެ.

ރައްޔިތުން މަޖިލީހުގެ ޕީޖީ ގްރޫޕްގެ ސްޕަރ މެޖޯރިޓީއާއި ގައުމީ މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއި ކޮންގްރަސްގެ ސްޕަރ މެޖޯރިޓީއާއި އެމްޑީޕީގެ ސެކެޓްރިއޭޓް ރައީސް ސާލިހުގެ ފަހަތްޕުޅުގައި ރުކުރުވާ ލެވިފައި އޮތީ އެމްޑީޕީގެ ކުރިމަގު އޮތީ ރައީސް ސާލިހުއާއި އެކުގައިކަން ގަބޫލު ކުރާތީއެވެ. މަރުވެފައިވާ ފިކުރެއްގައި ދިރުމެއް ނުއޮންނާނެކަން އެންމެން ދަނެއެވެ.

]]>
Fri, 06 Jan 2023 20:06:56 +0500 ހީރަސް
ގައްސާން މައުމޫނާއި އަންނި ކޯލިޝަން https://heerasnews.com/870 https://heerasnews.com/870 ޑރ. ވަހީދަކީ އަންނަ އިންތިހާބުގައި އިދިކޮޅު ޕީޕީއެމަށް އެންމެ ލާއިގު ކެންޑިޑޭޓް ކަމުގައި ދެކެވެއެވެ. ހުރިހާ ކެންޑިޑޭޓުންނާ ވާދަކޮށް އިރެއްގައި 5 ޕަަސެންޓް ލިބުނަސް އަބަދަކު އެކަން އޮންނާނީ އެހެނަކުން ނޫނެވެ.

2013 ގެ އިންތިހާބަކީ ކައްޓަށް މަހަށް އެމްޑީޕީ ނުކުމެ ޑރ. ވަހީދާ ދެކޮޅަށް ކެމްޕޭނު ޖެއްސި އަހަރެވެ. އޭގެ ފަހުން 10 އަހަރުވީއެވެ. ރައީސް ވަހީދުގެ ހުރިހާ ހައިސިއްޔަތަކަށް ބަލާއިރު 7 ފެބްރުވަރީ ތެތަށް ކަނޑާފައި ވެސް ރައީސް ޔާމީނު ނެތް ތަނަކަށް ރިޔާސީ ކެންޑިޑޭޓްގެ ތިލަފަތުގައި މިހާރު އެންމެ ބޮޑު ބުރަދަނެއް ހުރި ބޭފުޅަކަށް އިދިކޮޅުން ކިރާލެވޭނީ ރައީސް ވަހީދެވެ. 

އެހެން ނޫނަސް 7 ފެބްރުވަރީ އަކީ ޕީޕީއެމް މީހުންނަށް އޭގައި އެއްވެސް ނުބައެއް ނެތް ފަހުރުވެރި ކަމެއްގެ ގޮތުގައި އެމީހުން ދެކޭ ދުވަހެެކެވެ. ފެބްރުވަރީ 7 ގެ ސަބަބުން ޕީޕީއެމްގެ ތެރޭން ޑރ. ވަހީދަށް ގެއްލޭނެ އެންމެ ވޯޓެއްވެސް ނެތެވެ. 

ފެބްރުވަރީ 7 އާއި އެމްއެމްޕީއާރުސީގެ ފަހުން ރައީސް ނަޝީދުވަނީ ހުރިހާ ކަމަކަށް ހިތްހެޔޮ ކުރައްވާ އެބޭފުޅުން ގެނެސް ކޯލިޝަން ހަދާ ކަރާ  ކަރު ޖައްސާފައެވެ.

ރާއްޖޭގެ ވޯޓް އޮތީ މައިގަނޑު ދެބަޔަކަށެވެ. އެއީ ޕީޕީއެމް އާއި އެމްޑީޕީއެވެ. މިއިން ކޮންމެ ފަޅިޔަކުން ވެސް ފަހު ނަތީޖާގައި މެދު ރޮނގު ހުރަސް ކުރަނީ ބާކީ ތިބި  ސިޔާސީ ބަހާތަށް އެއްތަން ކޮށްގެންނެވެ. ރަައީސް ޔާމީނާ އެެއްބަސް ނުވެވުނަސް ޖުމްހޫރީ ގާސިމާއި، އަދާލަތު އިމްރާނާއި އެމް.އެން.ޕީ ނާޒިމަކީ ރައީސް ވަހީދާ އެކު ބައި ދައުރުގައި ވެރިކަން ކުރި ގާތް މީހުންނެވެ. ސިޔާސީ ސައްލާ ކޮށް، ވަހީދާ ގުޅި ލާމެހުން ދަތި ނޫން މޮޅު ފޮމިއުލާއެކެވެ. 

ވީގޮތަކުން ރައީސް އިބޫ ބަލިކުރަން ބޭނުންވާ ދެފަޅިއެއް އެބަ ފެނެއެވެ. އެއް ބަޔަކީ ޝައްކެއް ނެތި ޕީޕއެމްއެވެ. އަނެއް ބަޔަކީ ރައީސް ނަޝީދާ އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީ މީހުންނެވެ. 7 ފެބްރުވަރީގެ ހިތިކަމުގެ ސަބަބުން ރައީސް އިބޫ ބަލި ކުރުމަށްޓަކާ ވެސް ޑރ. ވަހީދާ އެއްބައިވެ ބައިއަތު ހިފުމަކީ ރައީސް ނަޝީދަށް ވެގެން ކުރައްވާނެ ކަމެއް ނޫނެވެ. ސަބަބަކީ ރައީސް ނަޝީދުގެ ވެރިކަން ދުވަސް ނުފުރާ ބައިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ރައީސް ވަހީދެވެ.

ދެން ހުރީ ރައީސް އިބޫއެވެ. ރައީސް ނަޝީދާ ދިވެހި ވެރިކަމާ ދެމެދަށް ހުރަސް އެޅި ވަފާތެރި ކެހިވެރިންގެ ގޮތުގައި އެ މަނިކުފާނު ދެެކެވަޑައިގަންނަވާނެ ދެބޭފުޅުންނަކީ ރައީސް ވަހީދާ ރައީސް އިބޫއެވެ. އެހެން ކަމުން ވަހީދަށް ބައިއަތު ނުހިފާ އިބޫ ބަލި ކުރުމަށްޓަކާ ރައީސް  ޔާމީނާ ގުޅެން ވެސް ތައްޔާރު ކަމުގެ އިޝާރާތް ރައީސް ނަޝީދު ވަނީ ކުރިން ވެސް ދެއްވާފައެވެ. 

ތަގްދީރު ނިޔާ ކުރި ގޮތުން މިއަދަކު ރައީސް ޔާމީނެއް ނެތެވެ. ރައީސް ނަޝީދަށް މިހާރު ޖެހިވަޑައިގެންފައި އެވަނީ އެ މަނިކުފާނަށް ބައިއަތު ހިފަން ފަސޭހަ ޑރ. ވަހީދު ނޫން އެހެން ރިޔާސީ ކެންޑިޑޭޓެއް ޕީޕީއެމްގެ ތެރެއިން ހޯދުމެވެ.

ތުންތުން މަތިން ވައި އަޑުން ރަށުތެރޭގަައި އަޑެއް އެބަ ކިޔައެވެ. އެއީ ޕީޕީއެމްގައި ހުންނެވި ރައީސް ނަޝީދުގެ ޗޮއިސްއަކީ ގައްސާން މައުމޫން ކަމުގެ އަޑުތަކެވެ.

ނަޝީދުގެ އުންމީދަކީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ގައްސާން ހައްދަވައިގެން ރައީސް މައުމޫނާއި އެންދެރިމާގޭ އިލްޔާސްގެ ތާއީދާ އެކު ޕީޕީއެމްގެ ވެރިކަމެއް އުފައްދައިގެން ރައީސް އިބޫ ބަލިކޮށް ބީރައްޓެއްސަކަށް ވާތީ މާލޭން ވެސް ފައްސާ ނަގާލުން ކަމުގައި ވެދާނެއެވެ. ކުދި އާބާދީ އޮންނަ ރަށްތަކުގައި ބޮޑެތި މަޝްރޫޢުތައް ހިންގަވާތީ މިކެމްޕޭނުގައި ވެސް ނަޝީދު އެބަ ކުސަ ދަމައެވެ. 

ނަޝީދު ހިސާބު ޖައްސަވާ ގޮތުން އޮނަރަބްލް ގާސިމް އިބްރާހީމަކީ އަދިވެސް އެންދެރިމާގެއިން ބޭނުން ނުވާ ގޮތަކަށް ނުހުންނެވޭނެ ބޭފުޅެކެވެ. ނަޝީދުގެ މިހިސާބު ދިމާ ވެއްޖެ ނަމަ ނަޝީދަށާއި އެމްޑީޕީއަށް މޮޅެއް ނުވިޔަސް އޯކޭއެވެ. އިބޫ ބަލި ކުރެއްވުމަކީ ނަޝީދުގެ ސިޔާސީ ހަޔާތުގައި މިހާރު ކުރައްވާ އެންމެ ބުރަ މަސައްކަތެވެ. 

ތުހުމަތާއި އިލްޒާމާއި ފާޑުކިޔައިގެން ބަލިވާނެ ނަމަ ރައީސް އިބޫ ބަލިވިތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖަައީހެވެ. އެކަމަކު ރައީސް އިބޫ އަކީ އެއް އިރެއްގައި ވެސް ރަށުތެރޭގަައި އަތް އުކާ ގެރި ޒުވާބު ކުރާ ، އެމީހާ އެއްނޫނެވެ.

]]>
Thu, 05 Jan 2023 14:28:36 +0500 ހީރަސް
ނަޝީދު އަމިއްލަ އެދުން އިސްކޮށް ޕާޓީ ފުނޑާލުން! https://heerasnews.com/861 https://heerasnews.com/861 ރައީސް ސަލިހުގެ ވެރިކަން ފެށުނުއިރު ގައުމުގައި ތިބިއްޔާ ތިބި ސިޔާސީ ލީޑަރުން ތިބީ އެކަހެރި ކޮށްފައެވެ. އެއް ބަޔަކު ޖަލުގައެވެ. އަނެއް ބަޔަކު ބޭރު ގައުމު ތަކުގައި އަމިއްލަޔަށް އަރުވާލެވިގެންނެވެ. މަކަރަކުން ނަމަވެސް ފިލައިގެން ގޮސް އުޅުނީ އަތުނުޖެހޭ ހިސާބުގައެވެ. ޔާމީނުގެ އަނިޔާވެރިކަމަށް ކެއް ނުކުރެވިގެންނެވެ.

އެމްޑީޕީ އަކީ އެންމެ ތާއީދު ބޮޑު އަދި އެންމެ މެމްބަރުން ވެސް ގިނަ ޕާޓީއަށް ވީހިނދު ދޮންނަ މެޝިނާއި ސިމެންތި ގަށާ މެޝިނަށް ވޯޓު އަލައިގެން ވެސް މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޓިކެޓު އޮތީ ދީފައެވެ. އޭރު އެ މަނިކުފާނު ގެންދެވީ ޖަލު ހުކުމެއް ބޮލުއަޅައިގެން އެހުކުން ތަންފީޒު ކުރައްވަމުންނެވެ. ވެރިކަމަށް ކުރިމަތި ނުލެއްވޭނެ ކަން ޔަގީން ވާއިރު ވެސް ބޭރު ގައުމުތަކުގެ އެހީތެރިކަން ވެސް ލިބޭތޯ ބައްލަވައިގެން ހަމަ ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތް ކުރެއްވީ މައިބަދައަށް ފަރުވާ ކުރެއްވުމުގެ ނަމުގައި ބޭރުގައި ފިއްލަވާ ހުންވައި ގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ތަކެއް އަވަށްޓެރި ސްރީލަންކާއަށް ގެންދަވައި އެ މަނިކުފާނު ހިތްޕުޅުން ރަސްމީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކަމަށް ދަށްކަވައިގެން ބޭއްވި ބައްދަލުވުމުގައި ހުށައެޅުއްވީ ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭ ނަމަ އެމްޑީޕީއިން 2018 ގެ ރިޔާސީ އިންތިހާބު ބޮއިކަޓް ކުރުމަށެވެ. ނަމަވެސް ހިޔާލު ތަފާތުވެ ބައެއް މެމްބަރުން އެކަމާ އިދިކޮޅުވެ އާންމު މެމްބަރުންގެ ހައްގުގައި ތެދުވުމުން ގޮތް ހުސްވެ އެންމެ ފަހުން ޖެހިވަޑައިގަތީ ރިޔާސީ ޓިކެޓް ދޫކޮށް ލައްވާށެވެ. ގައުމު އޮތް ހާލަތާއި ވެރިކަމުގެ އަނިޔާވެރިކަމުގެ ސަބަބުން ކުރިމަތި ކޮށްފާނެ ނުރައްކާ ތަކަށް ފަސްޖެހި ވަޑައިނުގެން އުކުޅަހު ކޮންގްރެސްގެ ނިންމުމާ އެއްގޮތަށް ރިޔާސީ ޓިކެޓްގައި ހިއްޕެވީ އެއިރުގެ މަޖިލިސް މެމްބަރ ހިންނަވަރު ނޫރާނީގޭ އިބުރާހީމް މުހައްމަދު ސާލިހުއެވެ.

ވެރިކަމުގައި ހުންނެވި ޔާމީނު އެކަން ގަބޫލުކުރެއްވީ މަކަރުވެރި ރޭވުން ތަކެއްގެ ތެރެއިންނެވެ. ރާއްޖެ ތެރެއަށް ނިސްބަތްވާ އާދައިގެ އާއިލާޔަކުން ނުކުންނަ މީހަކަށް ރައްޔިތުން ވެރިކަން ނުދޭނެ ކަމުގައި ޔާމީނަށް ދެމުންދިޔަ ލަފާގެ މަތިންނެވެ. އެ ކާޑު ވިއްކައިގެން ގިނަ އަދަދެއްގެ ވޯޓު ޔާމީނު ހޯއްދެވި ނަމަވެސް ކޯލިޝަންއާއި އެކުގައި ނުކުމެ ވަޑައިގެން ރައީސް އިބޫ ވަނީ ބޮޑު އަގުލަބިއްޔަތަކުން ވެރިކަން ކަށަވަރު ކުރަށްވާފައެވެ. އެއްބުރުންނެވެ. 

އެހިނދުން އެހިނދަށް ބާތިލް ހުކުމް ތަކުގައި ތިއްބެވި ސިޔާސީ އެންމެހައި ލީޑަރުން މިނިވަންވެގެން ދިޔައެވެ.  ނަމަވެސް އެ ދުވަހުން ފެށިގެން ވެސް ރައީސް ނަޝީދު ގެންދެވީ އެކި ގޮތްގޮތުން ވެރިކަމަށް ފައިނަންގަވަމުންނެވެ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސް އަކީ ބަގާވާތެއް ކަމުގައި ސިފަ ކުރައްވައި ޕާޓީއަށް ގޮންޖެހުންތައް ކުރިމަތި ކުރައްވަމުން ގެންދެވީ ގާނޫނު އަސާސީ އަކަށް ބެލެވުމެއް ނެތިއެވެ.

ތަބަކަކަށް ލާފައި ބޮޑުވަޒީރުކަން ހަވާލު ކުރުމަށް ގޮވާލެއްވިއިރު މުޅި ދުނިޔެއާއި އެކު ދިވެހީން ވެސް ތިބީ އަނގަޔާ އަތާ ދިމާނުވާ ހާލުގައި ފުރަބަންދުގައެވެ. ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން މެނުވީ އެކަން ކުރެވެން ނެތްކަން އެނގިވަޑައި ގަތީ އަދި ފަހުންނެވެ. އެހާވެސް އެ މަނިކުފާނުންގެ ދަހިވެތިކަން ވެރިކަމަށް ހަމަ ބޮޑީއެވެ. ވެރިކަން ކުރަމުން ދަނީ އެމްޑީޕީ އިސްކޮށް އޮވެގެން ކޯލިޝަނަކުންކަން އެގިހުރެ އެ މީހުންގެ ރައުޔާ ވެސްހިލާފަށް އަވަސް އަރުއްވާލައްވައި އެކަމަށް ގޮވާލައްވަމުން ގެންދެވީ ހަމައެކަނި އަމިއްލަ އެދުންފުޅުގައިކަން މިއަދު މި ދަނީ ފެންނަމުންނެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަން ނުދޭނަމަ " އާނ ދޮގޭ ! ވެރިކަންވަށްޓާލާނަމޭ " ވިދާޅުވެ ނުކުންނަވާ އެ އުޅުއްވާ ގޮތަކުން މިއަދު ކުރީން އެމަނިކުފާނަށް ލިބުނު ތާއީދު ގެ އިރުއޮސް ފުހިއްޖެއެވެ. "ރާއްޖޭގެ އައީސްކަން ބޭނުމެއް ނޫނޭ. ބޭނުމީ ބޮޑުވަޒީރުކަމޭ" ގޮވާނެންގެވުމަށް ފަހު މިއަދު ރިއާސީ ޕްރައިމަރީއަށް އެމްޑީޕީން ގޮވާލުމުން ކުރީން ހަތުރެއް ކަމުގައި ތިބިި އަޒާނައި ޔާމީނުގެ ކުދިންކޮޅު އެއްކޮށްގެން ތަންތާ ބޮޑެތި ޑުރާމާތައް ކުޅުއްވަމުންމުން އެ ގެންދަވަނީ " ތިމަންނާޔަށް ވެރިކަން ނުލިބޭނަމަ ޕާޓީ ފުނޑާލާނެކަމުގެ " އިންޒާރު ދެއްވަމުންނެވެ.

ފަހަކަށް އައިސް ގައުމެއްގެ ވެރިކަން ހޯދަން މީހަކު ނުކުރާހާ ހަޔާތް ކުޑަކޮށް ރައީސް ނަޝީދު އެގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.  ރަތް މަހަށް ނުގޮވާހާ އެއްޗެތި ކުރީގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި އެ ދުލުން ވިދާޅުވި ރައީސް އިބޫއަށް ޕްރެޝަރކޮށް ބްލެކްމެއިލް ކުރާން އުޅޭހެން ވެސް ހީވެއެވެ. ދޭތެރެޔަކުން ޒިނޭގެ ތުހުމަތު އަޅުވަފާނެއެވެ. އިރުކޮޅަކުން އެކަމާ އިންކާރު ކޮށްފާނެއެވެ. ބަޔަކު ރައީސް ނަޝީދަށް ދިން މަރުގެ ހަމަލާއަކީ ވެސް މިހާރު ރައީސް ނަޝީދު އާއި އޭނާގެ ބައިވެރިން ދެކޭ ގޮތުގައި މި ސަރުކާރުން ކުރުވި ކަމެކެވެ. މިހާލަތަށް މީހާވެއްޓި މިއަދު ރައީސް ނަޝީދުގެ ސަބަބުން މިގައުމު އަނެއްކާ ވެސް ހަލާކުގެ މަގަށް އެނބުރިދާ މިންވަރަށް އެގެންދަވަނީ އެނގިވަޑައިގެން ހުންނަވާ މަސައްކަތް ކުރައްވަމުންނެވެ.

ރާއްޖޭގައި އަދިވެސް އެކުލަވާލެވޭނީ އެއްބައިވަންތް ތަފާތު ފިކުރުތައް ހިމެނޭ ކޯލިޝަން ވެރިކަމެއްކަން ޔަގީންވާ ހިނދު ހަމަ އެހެންމެ ރައީސް ނަޝީދުގެ ވެރިކަމުގައި ކޯލިޝަންއަށް ޖެއްސިހާލު އެނގިހުރެ އެއްވެސް އެހެން ބަޔަކު އެ މަނިކުފާނަށް އިތުބާރު ނުކުރާނެކަން ހޮދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ރައީސް ނަޝީދަށެވެ.  ނަމަވެސް ގޮތް ދޫނުކުރައްވާ މި ގައުމު ހަލާކުގެ ހަރާން މަގަށް ވަށްޓާލުމަށް އެކުރައްވާ ، މަސްކަތް އެދަނީ ހަމަ ކުރައްވަމުންނެވެ  ޔަގީނުން ވެސް ވެރިކަން ދެން ލިބިވަޑައިނުގަންނަވާނެކަން ކަށަވަރުވެ ޔަގީންވެ ވަދައިގަތުމުން ބުއްދިފިލައި މިއަދު ހަމަ އެކުރައްވާ ކަމަކީ ތިމާޔަށް ވެރިކަން ލިބިވަޑައި ނުގަންނަވާ ނަމަ ޕާޓީއާއި ގައުމު ފުނޑާލުމުގެ މަސައްކަތެވެ.

]]>
Mon, 02 Jan 2023 14:02:33 +0500 ހީރަސް
2023: ފޮނި އުންމީދުތަކެއް ހާސިލު ކުރެވޭނެ އަހަރެއް https://heerasnews.com/854 https://heerasnews.com/854 2023 ވަނަ އަހަރަކީ އުންމީދު ތަކެއް ގެނުވާނެ އަހަރެއް ކަމާ މެދު ޝައްކެއް ނެތެވެ. އުންމީދު ތަކެއް ގެނުވާނީ އެކަންޏެއް ނޫނެވެ. ފޮނި އުންމީދުތަކެއް ހާސިލު ކުރެވޭނެ އަހަރަކަށް 2023 ވެގެން ދާނެއެވެ. ޓެކްހާ އިންފްލޭޝަންގެ ވާހަކަ ދައްކައިގެން ރައްޔިތުން ނުތަނަވަސް ކުރުވަން ސިޔާސީ ގޮތުން ޕީޕީއެމްއާއި ރައީސް ނަޝީދު އުޅުއްވިޔަސް މި އަހަރަކީ ދިވެހިންނަށް އުފާ ފާގަތި އަހަރަކަށް ވާނެއެވެ.

މުޅި ރާއްޖެ އާރުޓީއެލް ފެރީ ނިޒާމުން ގުޅި ދަތުރު ފަތުރު ކުރުމަށް ރައްޔިތު މީހާގެ ޖީބުން ކުރަމުން އައި ބޮޑު ހޭދަ ނުކޮށް އާމްދަނީގެ ބޮޑު ބައެއް ރައްކާ ކުރެވޭނެއެވެ. އެއް ރަށުގައި އުފައްދާ ތަކެތި މުޅި ރާއްޖޭގެ އެތަން މި ތަނަށް ފޯރުކޮށް ދެވި އާމްދަނީ ހޯދުމުގެ މާކެޓް ފުޅާވެ ޖީބުތައް ތިޔާގި ވާނެއެވެ. ގޭގައި ހުންނަ ކޮޓަރި ކުއްޔަށް ދީގެން ކުޑަ ރަށުގެ ހުންނަ މިހާއަށް ވެސް އާމްދަނީ ހޯދަން މަގު ފަހިވާނެއެވެ.

ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ އެންމެ ރަށެއް ވެސް ނުއޮންނާނެއެވެ. ހުރިހާ ރަށެއްގެ ބަނދަރު ޒަމާނީ ފެންވަރަށް ހެދި ގިނަ ރަށް ރަށުގައި މަގުތައް ހެދި ޖަޒީރާ ވަންތަ ފާގަތި ދިރިއުޅުމެއް ދިވެހިންނަށް ފަހިވެގެން ދާނެއެވެ.

ރަށުގައި ތިބެ އަދާކުރާނެ ވަޒީފާތައް ކޮންމެ ރަށެއްގައި އުފެދި ކޮންމެ ގޭބިސީއެއްގައި މަހު މުސާރަ ލިބޭ މީހަކު ހުރިކަން ކަށަވަރު ވާނެއެވެ. އާމްދަނި ހޯދާނެ މަސައްކަތްތަކާއި ގޮތައް ކޮންމެ ރަށެއްގައި ހުޅުވިގެން ދާނެއެވެ. ސިއްހީ ދާއިރާގެ ހުރިހާ މުއައްޒަފުންގެ މުސާރަތައް ބޮޑުވެ މުސާރައިގެ ތަފާތުތައް ކުޑަ ކުރެވި ރަށްރަށުގައި ދައުރުވާ ފައިސާގެ ނިސްބަތް ގުނަގުނަވެގެން ދާނެއެވެ.

ގްރޭޓް މާލޭ އޭރިޔާ ބުރިޖުން ގުޅި މާލޭގެ ރައްޔިތުންގެ އެތައް ބަޔަކު ބިން ވެރިވެ ތޮއްޖެހިގެން އުޅޭ ގޭބިސީ ތަކަށް ހިޔާވަހިކަން ލިބި ހިތްތައް އުފަލުން ފޮޅޭނެއެވެ. މާލޭގެ އިތުރަށް އައްޑުއާއި ބޮޑުތިލަދުންމައްޗާއި ހައްދުންމަތި އިގްތިސާދީ މައި ހަބު ތަކަކަށްވެ ފަތުރުވެރި ކަމުގެ ނަފާ މުޅިރާއްޖެއަށް ފެތުރިގެން ދާނެއެވެ.

ތަފާތު ކުރުމެއް ނެތް ހަމަހަމަ ވެރިކަމެއްގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބި ރައީސް ސާލިހު ދެވަނަ ދައުރަކަށް ރައީސްސުލްޖުމްހޫރިއްޔާ ކަމަށް ހޮވުމުގެ ހިތް ހަމަ ޖެހުމާއި އުފާވެރިކަން ރައްޔިތުން ހޯދާ އަހަރަކަށް 2023 އިރާދަ ކުރެއްވިއްޔާ ވާނެއެވެ.

]]>
Sun, 01 Jan 2023 16:27:27 +0500 ހީރަސް
ފެންނަންހުންނަ ކަންކަމަށް ވެސް ނަޝީދު ހައްދަވަނީ އިތުރުފުޅު https://heerasnews.com/845 https://heerasnews.com/845 ކޮން ދޮގެއް ހަދާކަށް ހެއްޔެވެ. ކަނޑައެޅިގެން ހަގީގަތް އެނގި ހުރެ ދޮގު ހެދުމުން ތިމާގެ މައްޗަށް އޮންނަ އިތުބާރާ ލޯބި ގެއްލުން ނޫން ކަމެއް ނުވެއެވެ. ދުލުގާ ވަގޮށް ނުޖެހޭކަން ރަނގަޅެވެ.

ރައީސް ސާލިހު ދިވެހި ސަރުކާރު ހިންގަވަން ފެށީއްސުރެ މިވީ ހަތަރު އަހަރު ތެރޭގައި ހިޔާވަހި ކަމުގެ އެއްވެސް މަޝްރޫއެއް ނުހިންގަވާ ކަމަށް ވިދާޅުވެ ސަލްޓަންޕާކުގައި ރައީސް ނަޝީދު އިތުރުފުޅު ހެއްދެވީ ކޮން ބަޔަކަށް އޮޅުވާލައްވަން ހެއްޔެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ފަދަ ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން އެހާ ވަރަށް އިތުރުފުޅު ހައްދަވާކަށް ނުވާނެއެވެ. އަމްދުން އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެމްޑީޕީ މެޖޯރިޓީ ސަރުކާރަކަށް ބޮޑެތި ދޮގު އިލްޒާމުތައް އަޅުއްވާއިރު ވާދަ ކުރައްވަނީ އެމްޑީޕިގެ ޓިކެޓް ހޯއްދަވަންކަން ހަނދުމަފުޅު ނެތިގެން ނުވާނެއެވެ.

ރައީސް ސާލިހުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 54 ޓަވަރެއްގެ މަސައްކަތް ސަރުކާރުން ކުރުވަމުން އެބަ ގެންދެއެވެ. އެ ޓަވަރުތަކުގެ މަސައްކަތް 2024 ވަނަ އަހަރަށް މުޅިން ނިންމާލެވޭނެއެވެ. މި ޓަވަރު ތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީއާއި ފަހި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އާއި އެޗްޑީސީ ގުޅިގެންނެވެ.

ވަޑައިގެން ބައްލަވާށެވެ. 54 ޓަވަރުގައި ޖުމްލަ 6175 ފްލެޓް ހިމެނެއެވެ. މީގެ ތެރެއިން 4000 ފްލެޓް ހާއްސަކޮށްފައި ވަނީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމަށެވެ.

2020 އިން ފެށިގެން މާލެ އާއި އަތޮޅު ތެރޭގައި ސަރުކާރުން ހައުސިން މަޝްރޫއުތައް ވަނީ ހިންގަން ފަށާފައެވެ. މި ސްކީމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެވެ. އެ ދެ ކުންފުންޏަކީ ޖޭއެމްސީ އާއި އެންބީސީސީ އެވެ. އެ ދެ ކުންފުނިން އަޅާދޭނީ 4000 ފްލެޓެވެ. ދެ ކުންފުނިން ކުރެ ކޮންމެ ކުންފުންޏަކުން 2000 ފްލެޓެވެ.

ޖޭއެމްސީ އިން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ 16 ޕަސެންޓް މަސައްކަތް ހުސްވި ނޮވެމްބަރ މަސް ފެށުނުއިރު ހުރީ ނިމިފައެވެ. އެންބީސީސީން ހަދަމުންދާ ފްލެޓްތަކުގެ 13.5 ޕަސެންޓް އެ ކުންފުނިން ވެސް ނޮވެމްބަރ 2022 ފެށުނު އިރު ވަނީ ނިންމާފައެވެ.

18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް ހުންނާނެއެވެ.

267 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހިންގާ މަޝަރޫއެކެވެ. 08 މާރޗް 2021 ގައި އެއްބަސްވުމުގައި ސޮއި ކޮށްގެން ފަށައިގެންފައިވާ މި މަޝްރޫއުގައި ބިނާ ކުރާ ފްލެޓް ތަކުން ބައެއް ފްލެޓުގައި މީހުން ދިރި އުޅެވޭވަރު މި ދައުރު ނިމޭއިރު ވާނެއެވެ.

ގެދޮރުވެރިޔާ ސްކީމް ހިނގަމުން ދާއިރު ބައެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެ ފިޔަވަހީގައި ސޯޝަލް އަދި މިކްސްޑް ހައުސިން ޔުނިޓްތަކެއް ވެސް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެޕޯލޯ ހޯލްޑިންގްސް، އެސްޖޭ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ)، އެސްޖޭ ކޮންސްޓްރަކްޝަންސް، ސެލިޓެއާ، ފެޑޯ ޕްރައިވެޓް ލިމިޑެޓް، ރެއިންބޯ މެގަ އަދި ނިއުމާކް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ. އަނެއް ކޮޅުން މާލޭ އޯޑިއޯން ސިނަމާ އާއި ދިވެހި ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ލަގްޒަރީ ފްލެޓް ތަކެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެ ތަންތަން ދިވެހި ނޫސްވެރިން ވެސް ވަނީ ލޮލުންދެކި އަތުން ހިފާފައެވެ. ފެންނަން ހުންނަ ކަންކަމަށް ވެސް ރައީސް ނަޝީދު ހައްދަވަނީ އިތުރުފުޅެވެ. 

]]>
Thu, 29 Dec 2022 19:50:20 +0500 ހީރަސް
ޔާމީނަކީ އިބޫ ބިރުގަންނަން ޖެހޭވަރުގެ މީހެއްނޫން https://heerasnews.com/841 https://heerasnews.com/841 ރާއްޖޭގެ ސިޔާސީ އޮއިވަރު އެނބުރެމުން ސެނބުރެމުންދާ ގޮތަށް ވިސްނާ މީހުން އެކި ގޮތްގޮތަށް އަންދާޒާތައް އެބަކުރެއެވެ. މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ދައުވަ ތަކުގެ ވާހަކައެވެ. ކުރީގެ ރައީސް ޔާމީނަށް އިއްވޭ ހުކުމް ތަކުގެ ވާހަކައެވެ. ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްވެނީ ސިޔާސީ ހުކުން ތަކެއް ކަމުގެ ވާހަކައެވެ.

ޔާމީނު ރައީސް ކަމުގައި ހިނގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ހިގާފައި އޮތްކަމެކެވެ. އެކަމާ ގުޅިގެން ރައީސް ޔާމީނުގެ ޓޫރިޒަމް މިނިސްޓަރކަން ކުރެއްވި އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްޗަށް ޝަރީއަތުން ކުށް ސާބިތުވެ އެ ބޭފުޅުން ތިއްބެވީ ހުކުމް ތަންފީޒު ކުރުމުގައެވެ. އެދެބޭފުޅުން ނޫނަސް އެތައް ބައެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވި ތަހުގީގުތައް ހިންގަމުން ދިޔައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ހިޔާނާތަށް ތުހުމަތު ކުރެވޭ އެއްބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ މައްޗަށް ތުހުމަތުތައް ކުރެވި ތަހުގީގުކޮށް ޝަރީއަތްތައް ހިނގާތާ ދެ ތިން އަހަރު ވެއްޖެއެވެ. ބޮޑު ހުކުމެއް އިއްވާ ޖަލަށްލެވި އެ ހުކުމުން ސްޕްރީމް ކޯޓުން ބާތިލު ކުރެވި އެތައް ކަމެއް ހިނގައިފިއެވެ. އިތުރު ތަހުގީތަކާ ޝަރީއަތްތައް އޮތީ ހިނގަ ހިނގައެވެ.

ބޮޑެތި ތުހުމަތުތައް ކުރެވި ތަހުގީގުތައް ހިނގާ ޝަރީއަތްތަށް ރައީސް ޔާމީނުގެ މައްޗަށް ހިނގަ ހިނގާ އޮއްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވެރިވެ ވަޑައިގެން މުޅި މައްސަލަ ސިޔާސީ ކުރެއްވިއެވެ. ތުހުމަތު ތަކާއި ގުޅިގެން ތަހުގީގު ތަކަށް ހާޒިރުކޮށް ޝަރީއަތް ކުރެވޭނެކަން އެނގި ވަޑައިގެން ހުންނަވާ ޕްރައިމަރީއަކާއި ނުލާ ރިޔާސީ ޓިކެޓް ހޯއްދެވީ ދެވަނަ ބޭނުންފުޅަކު ނޫނެވެ. އިދިކޮޅު ސިޔާސީ ލީޑަރަށް ސަރުކާރުން ސިޔާސީ ގޮތުން ގޯނާ ކުރާ ކަމުގެ ބަދުނާމް ސަރުކާރަށް ރައްދުކުރެއްވުމުގެ ބޭނުންފުޅުގައެވެ. ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ތަހުގީގުތަކާއި ހިންގޭ ޝަރީއަތްތައް ސިޔާސީ ކުރެއްވީ ހޮދު ރައީސް ޔާމީނެވެ. ސަރުކާރަކުން ނޫނެވެ. 

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ޝަރީއަތް ހިންގަނީ ރައީސް ސާލިހު ބިރުފުޅުން ކަމަށް ބަޔަކު ދެކޭތީ އަންނަނީ ހިންޏެވެ. ރައީސް ސާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިކުންނަވާނީ ރައީސް ޔާމީނު ހެއްދެވިހެން ވާދަވެރިންނަށް ވާދަނުކުރެއްވޭނެ ގޮތް ހައްދަވާފައެއް ނޫނެވެ. ރައީސް ސާލިހު ރިޔާސީ އިންތިހާބަށް ނިކުންނަވާނީ ވާދަ ވެރިންނާ ރަނގަޅަށް ވާދަކުރައްވައިގެން އެބޭފުޅުން ބަލިކުރައްވާ ކާމިޔާބު ކުރެއްވުމަށެވެ. 

ކުރީގެ ރައީސް ޔާމީނަކީ ރައީސް ސާލިހު ބިރުފުޅުގެންވަޑައި ގަންނަން ޖެހި ވަޑައި ގަންނަވާ ވަރުގެ ބޭފުޅެއް ނޫނެވެ. ރައީސް ސާލިހަކީ ކުރީގެ ރައީސް ޔާމީނު އާރާބާރުގައި ހުންނަވަނިކޮށް ރައީސް ޔާމީނާ ވާދަ ކުރައްވައިގެން އެއްބުރުން 68 އިންސަތަ ހޯއްދަވައިގެން ރައީސް ޔާމީނުގެ މައްޗަށް ކުރި ހޯއްދެވި ލީޑަރެވެ.    

]]>
Wed, 28 Dec 2022 20:06:31 +0500 ހީރަސް
ވެރިކަމަށް ވަޑައިގެންނެވެންޏާ ރިޔާސީ ނިޒާމް އޯކޭ https://heerasnews.com/838 https://heerasnews.com/838 ހިޔަޅަށް މޭބިސްކަދުރު ހުތްވާ ބީދައިން އޮތް ވެރިކަމުގެ ނިޒާމު ގޯސްވާ ސިޔާސީ ލީޑަރުން އެބައުޅެއެވެ. ވެރިކަމުގެ އާރާބާރު ލިބެން އޮތްކުރު މަގަކީ ނިޒާމު ބަދަލުކުރުން ކަމަށް ވަންޏާ އެކަންނޫނީ ކުރަން އޮތް އެހެން ކަމެއް ނޯންނަ ކަމަށް ވެއެވެ. ރައީސް އަމީނާއި ނާސިރު ނިޒާމު ބަދަލު ކުރެއްވީ ރަސްކަން ވަރުތަވާން ނެތިގެންނެވެ. އެމްޑީޕީ އުފެދިގެން އައި އިރު ނިޒާމު ބަދަލު ކުރަން އުޅުނީ ރާއްޖޭގައި އޮތް މައުމޫނިޒަމް ފުޑުފުޑުކޮށްލުމަށް ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލުން މުހިންމު ވެގެންނެވެ.

ގާނޫނު އަސާސީ އިސްލާހު ކުރި ކުރުމުގައި ނިޒާމީ ވޯޓަކަށް ދާން ޖެހުނީ އެހެން ވެގެނެވެ. ނިޒާމީ ވޯޓް ނިމިގެން ދިޔައީ ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު ބޭނުންފުޅުވި ގޮތަށް ރިޔާސީ ނިޒާމް ދަމަހައްޓާށެވެ. 30 އަހަރުވީ މައުމޫނިޒަމް ބަދަލު ކުރުމުގެ ރޫހު އުފެދިފައި އޮތް ވަރުން 2008 ގެ ރިޔާސީ އިންތިހާބުގައި މައުމޫނު ބަލިވެ ވަޑައިގަތެވެ. ރިޔާސީ އިންތިހާބުގައި ރައީސްކަން ކާމިޔާބު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް އެންމެ ބޮޑަށް ވަކަލާތު ކުރެއްވި ރައީސް ނަޝީދެވެ. ރައީސްކަން ލިބި ވަޑައިގަތުމާ އެކު ބަރުލަމާނީ ވާހަކަ ހުއްޓިއްޖެއެވެ. ދައުރެއްގެ މެދުތެރެއިން ވޯޓަކަށް ދާވާހަކަ ދެއްކުމަކީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު އޭރު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ގައި ވެއްޓި މަގުމަތި ވުމުން އަނެއްކާ ވެސް ބަރުލަމާނީވައިގަ ހިފަން ފެށިއެވެ.

ރައީސް ޔާމީނުގެ ގޮށްމުށުގެ ވެރިކަން ނިމެމުން އައިއރު އެމްޑީޕީގައި ބަރުލާމާނީ އޮތީ ވަރަށް ބޮޑަށް ވައިގަ ހިފާފައެވެ. ސިޔާސީ ވާދަވެރިން ޖަލަށްލާ ގަދަ ހިފުމަކަށް ދިޔުމަށް ރައީސް ޔާމީނު ތައްޔާރުވެ ވަޑައިގަންނަވަމުން ދިޔައިރު އެމްޑީޕީގެ މެނިފެސްޓޯގައި ނިޒާމް ބަދަލު ކުރުމުގެ ވާހަކަ ލިޔުނެވެ. އެހެނަސް ރިޔާސީ އިންތިހާބު ކުޑަތަން ވީއިރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނާ ވާދަވެރި ޕާޓީތައް ގުޅިގެން 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެއް ކެންޑިޑޭޓަކު ނެރެން މަޖުބޫރު ވިއެވެ. ހުރިހާ ސިޔާސީ ވާދަވެރި ލީޑަރުން ޖަލުގައި ތިބީމައެވެ.

އެންމެން ގުޅިގެން ފަސޭހަ ކަމާއެކު އެމްޑީޕީ އިސްވެ އޮވެ ވެރިކަން ކުރާނެ ކޯލިޝަން ސަރުކާރެއް ރައްޔިތުން ހޮވާދީނީ އެއްބުރުން ތަނަވަސް އަގުލަބިއްޔަތުންނެވެ. ރައީސަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހެވެ. މެނިފެސްޓޯއަކީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ނިޒާމް ބަދަލު ކުރުމުގެ ވާހަކައެއް ނެތެވެ.

ކުރީގެ ރައީސްް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވެސް އުފެދުނު ކޯލިޝަން ސަރުކާރު ދަމަހައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވިއެވެ. 2019 ގައި އޮތް މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ ރޫހާ ހިލާފަށް ރައީސް ނަޝީދު އިސްވެހުންނަވާ އެމްޑީޕީއަށް މަޖިލިސްގެ ސުޕަރ މެޖޯރިޓީ ލިބުމުން ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އަނެއްކާ ވައިގައި ހިފިއެވެ.

މަޖިލިސްގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ނަޝީދަށް ސަރުކާރު ހިންގުމުގެ ބާރު ފުރޮޅާ ލެއްވުމުގެ ހުވަފެންފުޅު ނަޝީދު ކުރިއަށް ނެރުއްވިއެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުން ބަދަލުކޮށް ރައީސުލްޖުމްހުރިއްޔާ ރަމްޒީ ބޭފުޅަކަށް ހައްދަވާ ބޮޑު ވަޒީރަކަށް ވެވަޑައިގަތުމުގެ މަސްތުގައި ނަޝީދު ޖެހި ވަޑައިގަތެވެ. ނިޒާމީ ވޯޓަކަށް ދިޔުމަށް ކެތް ނުކުރެއްވިގެން ރައީސް ސާލިހަށް ވެސް ދެންނެވީއެވެ. އެކަމާ ރައީސް އެއްބަސްވެ ވަޑައި ނުގަތުންވީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި އެއް ފެކްޝަނުން ސަރުކާރު ހިންގަން ދަތިކުރަން ފެށި ފެށުމަށެވެ.

ނިޒާމީ ވޯޓު ނުނަގާ ރިޔާސީ އިންތިހާބަށް ދިޔުމަކީ ކުރަން ނުވާވަރުގެ ބޮޑުފާފައެއް ކަމަށް ނަޝީދު ދެކި ވަޑައިގެން ނިޒާމީ ކެންޕެއިންތައް ފައްޓުވާ މެންބަރުންގެ ތެރޭގައި ސަރުކާރަށް ނަފްރަތު އުފައްދަން ފެއްޓެވީއެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ ރައީސް ކަމުގައި ނަޝީދު ހުންނަވަނިކޮށް  އެމްޑީޕީ ޕީޖީގްރޫޕާއި ގައުމީ މަޖިލީހާއި ސެކެރެޓްރިއޭޓާއި ކޮންގްރަސްގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލި ވަޑައިގަތީއެވެ. އެންމެ ފަހުން ނިޒާމީ ވޯޓަށް ނުގޮސް ރިޔާސީ ޕްރައިމަރީގެ ވާހަކަ ވެސް ދައްކަން ނުވާނެ ކަމަށް ވިދާޅުވި ރައީސް ނަޝީދު އުނބަށް ޖައްސަވާ ރިޔާސީ ޕްރައިމަރީއަށް ވެސް ނިކުމެ ވަޑައިގަތީއެވެ.

]]>
Wed, 28 Dec 2022 11:28:42 +0500 ހީރަސް
ޔާމީނުގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ދެންވާނީ ކިހިނެތް! https://heerasnews.com/831 https://heerasnews.com/831 ޔާމީނުގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ދެން ވެދާނެ ކަމާމެދު މާބޮޑު ޔަގީން ކަމެއް މިވީ ގޮތުން މިހާރަކު ނެތެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހެއްގައި ހުންނަން ޖެހޭ ޝަރުތު ތަކެއް ގާނޫނު އަސާސީގައި އޮވެއެވެ. އެ ޝަރުތުތައް ފުރިހަމަ ވުމުގެ ފުރުސަތު ޔާމީނަށް އޮތީ ކިހާވަރަކަށް ކަމާމެދު މިހާރު ވިސްނާލުން ރަނގަޅެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. ބުނާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތު ވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑަ އެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.

ގާނޫނު އަސާސީގެ 109 މާއްދައިގެ ޅ. އިން އަރައި ގަތުމަށް ޔާމީނަށް އޮތް ގޮތްގޮތާ މެދު ބަލާލުމުން ފެންނަ ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ. 109 ވަނަ މާއްދާގެ ޅ. އެ ބުނާ ކަންކަން ފުރިހަމަ ވެގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ޔާމީނުގެ މައްޗަށް ޖިނާއީ ދެކުށް ސާބިތުވެގެން މިއަދު އަދަބު ކަނޑައަޅައިފިއެވެ. ދެކުށުގެ ތެރެއިން އެންމެ ކުޑަ އަދަބެއް ކަނޑައެޅުނީ ރިޝްވަތު ހިފުމުގެ ކުށަށެވެ. ރިޝްވަތު ހިފުމުގެ ކުށަށް ކަނޑައެޅިފައި އޮތީ 4 އަހަރުގެ ޖަލު ހުކުމެކެވެ. ސާބިތުވި މަނީލޯންޑަރ ކުރުމުގެ ކުށަށް 7 އަހަރުގެ ޖަލު ހުކުމެއް ކަނޑަ އެޅުނެވެ. ކޮންމެ ހުކުމަކީވެސް 12 މަސް ދުވަހަށް ވުރެ ދިގު ހުކުމެކެވެ.

12 މަސް ދުވަހަށް ވުރެ ދިގު ހުކުމެއް ކުރެވިފައިވާ މީހަކު ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ވުމުން ނޫނީ ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެއެވެ. މިއަދު އަދަބު ކަނޑަ އެޅުނު އެންމެ ކުޑަ އަދަބު ހަތަރު އަހަރުގެ ޖަލު ހުކުމަށް ބެލިޔަސް އެ ހުކުން ތަންފީޒު ކޮށް ނިމެނީ 4 އަހަރު ފަހުން 2026 ވަނަ އަހަރުގެ ޑިސެމްބަރ 25 ގައެވެ. އެ ހަތަރު އަހަރުން ހުކުން ތަންފީޒުވެ ނިމުނަސް އިތުރު ތިން އަހަރު ފަހުން 2029 ވަނަ އަހަރުގެ ޑިސެމްބަރ 25 ގެ ފަހުން ނޫނީ ޔާމީނަކަށް ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެއެވެ.

ސާބިތުވި މަނީ ލޯންޑަރިންގެ ކުށަށް ކަނޑައެޅި 7 އަހަރުގެ ޖަލު ހުކުން އަދި އޮތީއެވެ. މިއަދު ކަނޑަ އެޅުނު ޖިނާއީ ދެކުށުގެ ޖުމްލަ އަދަބު ތަންފީޒުކޮށް ނިމޭނީ މީގެ އެގާރަ އަހަރު ފަހުން 2033 ވަނަ އަހަރުގެ ޑިސެމްބަރ 25 ގައެވެ. އެ ވަރުން ވެސް ހުކުން ތަންފީޒުކޮށް ނިމޭތާ އެއް އަހަރުވެ 2036 ޑިސެމްބަރު 25 ގެ ފަހުންނޫނީ ރިޔާސީ އިންތިހާބެއްގައި ޔާމީނަކަށް ވާދައެއް ނުކުރެވޭނެއެވެ. ގާނޫނު އަސާސީގެ 109 މާއްދައިގެ ޅ. ބުނަނީ އެހެނެވެ.

ދެން އޮތްގޮތަކީ މާފު ދިނުމެވެ. މިއަދުން މިއަދަށް ދެކުށުގެ އަދަބު މާފު ކުރިޔަސް 2025 ގެ ޑިސެމްބަރ 25 ގެ ފަހުން ނޫނީ ޔާމީނަށް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެވޭކަށް ނެތެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެކަން އެންމެ އަވަހަށް ވެސް ކަށަވަރު ވާނީ ހައިކޯޓުން ދެ ހުކުން ވެސް ބާތިލު ކޮށްލުމުން ދައުލަތުން ސްޕްރީމް ކޯޓަށް ނުދާން ނިންމައިފި ނަމައެވެ. އެހެން ނޫނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެވެންޏާ ކުރެވެން އޮތްހާ ވެސް ގޮތަކީ ސްޕްރީމް ކޯޓުން ދެ މައްސަލައިގެ ހުކުމް ބާތިލު ކުރުމެވެ. ހައިކޯޓްގައި މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން ދަށުކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ޔާމީނަށް ޖެހޭނީ ސްޕްރީމް ކޯޓަށް ދާށެވެ. ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފި ނަމަ ދައުލަތުން ސްޕްރީމް ކޯޓަށް ނުދިއުމަށް ވުރެ ދިޔުން ކައިރިއެވެ. 

2023 ގެ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބަލާ ލަސްވެގެން ޖޫން ޖުލައިގައި ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. އެހާތަނަށް ކޯޓު މަރުހަލާތައް ނިންމާ ހުކުމްތައް ބާތިލުކޮށް ޔާމީނަށް ތާހިރު ވުމަށް އޮތް ހަމަ އެކަނި ފުރުސަތުގެ ބޭނުން ހިފެނީ ކިހާވަރަކަށްތޯ ބަލަން ތިބެމާ ހެއްޔެވެ.

]]>
Sun, 25 Dec 2022 20:29:34 +0500 ހީރަސް
ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ތަފާތަކީ ތަފާތު ނުކުރުން https://heerasnews.com/760 https://heerasnews.com/760 ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ތަފާތަކީ ތަފާތު ނުކުރުމެވެ. ހަމަހަމަ ކަމެވެ. އެގޮތުން ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮއެ އުޅެނީ ނަޖިސް ފެނުންކަން ދެނެވަޑައިގެން އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރަށްރަށުގެ ނަރުދަމާއާއި ފެނުގެ ޚިދުމަތް ގާއިމުކޮށް ދެއްވުމެވެ. އެއްފަހަރާ ސަތޭކަ އެތައް ރަށެއްގައި އެ މަސައްކަތް އެގެންދަނީ ކުރައްވަމުންނެވެ.  

ލަފާފުރޭނެ ފަދައެއް ނެތިފައި އޮތް ހުރިހާ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ދަނީކުރިއަށެވެ. ބޭރުތޮއްޓާއި އެއްގަމުވާޓަރު ވެއްޓި ވީރާނާވެފައިވާ ހުރިހާ ރަށެއްގެ ތޮށިތަކާއި ބަނދަރުތަކުގެ އާބާތުރަ ފިލުއްވުމުގައި އެ އުޅުއްވަނީ އަވަދިނެތިއެވެ. ރަށްގިރުމުގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ހުރިހާ ރަށެއް ރައްކާތެރިކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެ ރަށެއްގެ ވެއްޓާއި ގުޅޭހެން އެދަނީ އަޅަމުންނެވެ. މަގުތައް ތަރައްގީކޮށް ތާރުއަޅާ ރަށްވެހި ފަތިސް ގެނެސްދެއްވަމުން އެގެންދަވަނީ ރަށުގެ ކުޑަބ ޮޑުމިނަށް ބެއްލެވުމެއް ނެތިއެވެ.

ކަރަންޓްކެޑި ކަނު އަދިރީގައި ތިބެން ޖެހުމުން ރަށްރަށުގެ ރައްޔިތުން ސަލަމަތްކުރެއްވުމަށްޓަކައި ހޭބޯނާރާ މަސައްކަތް އެބަކުރެއެވެ. އައު އިންޖީނުގެތައް ބިނާކޮށް ކަރަންޓުގެ ވިއުގަ ފެންވަރުމަތިކޮށް އެ ރަށަކާ އެކަށީގެންވާ ގޮތަށް އެންމެ އެކަށީގެންވާ ހިދުމަތް ގާއިމުކޮށް އެހުރެ ނިމެނީއެވެ. ބަލިމީހަކަށް އައިވީ ދޭ ބީދައިން ދެވުނު ކަރަންޓުގެ ހިދުމަތް އިއާދަ ުރަނިވި ހަކަތައާއިއެކު ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ޒަމާނީކޮށް އެނިމެނީއެވެ. ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުވެ، ހޮސްޕިޓާތައް ޓާޝަރީ ކުރައްވަމުން އެގެންދަވަނީ ސިއްސައިގެން ދާހާ އަވަހަށެވެ.

ތައުލީމީ ދާއިރާއިން މި ސަރުކާރު ހޯދާފައިވާ ކުރިއެރުން ތަކުގެ ވާހަކަދ ައްކާ ކޮޅުންލާކަށްނެތެވެ. މަތ ީތައުލީމު ހާސިލ ުކުރެވޭނެ ގޮތް ނެތިފައި ތިބި ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ތައާރަފްކޮށް ކާމިޔާބުކަމާއެކު އެބަހިންގައެވެ. ރާއްޖޭން ބޭރުގައި ގޮތްހުސްވެ ކިޔެވުން ހުއްޓާލާފައި އެބުރި އަންނަން ޖެހިފައިވާ އެތައް ދަރިވަރުންނަށް ލޯނު ސްކީމެއްގެ ދަށުން ކިޔެވުން ކުރިއަށް ގެންދެވޭނެ މަގުއޮތީ ފަހިކޮށްފައެވެ. ސަރުކާރުގެ ހަރަދުގައި ހެދުނުގެ ނާސްތާ ލިބިގެންނޫނީ އެއްވެސް ދަރިވަރަކު ދުވަހުގެ ކިޔެވުމެއް ނުފަށައެވެ. ވަސީލަތާއި އިމާރާތުގެ ދަތިކަން ސްކޫލް ތަކުން ފިލުވާ ދިނުމުގައި ބޮޑުތ ަނުން ކާމިޔާބީ އެދަނީ ހޯދަމުންނެވެ. ކިޔާފައި ނުކިޔާނެ ކަމެއްނެތެވެ.

މާާލެ ތޮއްޖައްސާ ގިނަ ރަށްތަކެއް ފަޅުކޮށްލުމުގެ ސިޔާސަތު ހުއްޓަވާލައްވާ ލާމަރުކަޒީ ބާރުތައް ރައްރަށް ތަންމިނައް އެވަނީ ދޫކޮށް ލައްވާފައެވެ. ދަތުރު ފަތުރުގެ ވިއުގަތަކުން މުޅިރާއްޖެ ވައިގެމަގުންނާއި ކަނޑުމަގުން ގުޅުވާލާ އެހުރެނިމެނީއެވެ. އަގުހެޔޮ އަވަސް ދަތުރު ފަތުރުގެ ނިޒާމެއް މުޅި ރައްޔިތައް ފަހިކޮށްދީ އިގުތިސާދީ ނާރެސް ފުޅާވެ ބޮޑުވަމުން އެހެރަ ދަނީއެވެ. ދަރަނިވެރި މެގަ ޕްރޮޖެކްޓްތަކަކަށްވުރެ މުޅިރައްޔިތަށް ނަފާވެރި މަޝްރޫއޫތައް އެކި ކަންކޮޅު ތަކުގައި އެގެންދަވަނީ ހިންގަވަމުންނެވެ.  ދަރަނި އަދާކުރުމަށް ދަރަނިވެރިވުން ނިމުމަކަށް ގެނައުމަށް އެހީތެރި ގައުމުތަކުގެ މަދަދާ އެހީތެރިކަން ހޯއްދަވައި ރައްޔިތުންނަށް ލުއިގޮތެއްގައި ރައްކާތެރި ދިރިއުޅުމެއް ހޯއްދަވާ ދެއްވުމަށް ކެނޑިނޭޅި ހިތްވަރު އެބަ ކުރައްވައެވެ.

ސަރުކާރުގެ ތެރޭގައި ހިނގާ ފަސާދައިގެ އަމަލުތައް ބައްލަވާ އިންސާފުވެރި ފިޔަވަޅު އެބަ އަޅުއްވައެވެ. ބިލިޔަން ބިލިޔަނުން ފައިސާ ވެރިންގެ ޖީބުތަކަށް ނަހަމައިން ގަންބާ ފުރާލި ދައުލަތުގެ ފައިސާ އަނބުރާ ހޯއްދަވަން އަދުލުވެރި ކަމާއެކު މަސައްކަތް އެބަކުރެެވެއެވެ. ދައުލަތުގެ އިހުމާލުން ބޮޑެތި ގެއްލުންތައް ލިބޭ ފަރާތްތަކަށް އަދުލުވެރި ބަދަލު އެބަ ހޯއްދަވާ ދެއްވައެވެ. މޫލާ ހަރުވެ ހަމައެއް ލަމައެއްނެތި ކުރާ އިންސާނީ ވަގުފާރީގެ ދޮރުތައް އެގެންދަވަނީ ބަންދުކުރައްވަމުންނެވެ. ވިސާއެއް ޕާސްޕޯޓެއް ނެތި ބިދޭސީން ބޭނުންހާ ގޮތަކަށް އުޅެމުން އައި ގިނަ ބިދޭސީންތަކެއް ޑީޕޯޓް ކުރައްވައިފިއެވެ. އާއްމު ކުދިވިޔަފާރިތަކުން ބިދޭސީ ލޭބަރުން ނަގަމުންދާ މަންފާ ނެގުން ހުއްޓުވުމުގެ މަސައްކަތް ކެއްތެރިކަމާއެކު ވަނީ ފައްޓަވާފައެވެ.

]]>
Fri, 02 Dec 2022 15:11:39 +0500 ހީރަސް
އިބޫ: ދެވަނަ ދައުރެއް ކާމިޔާބު ކުރާނެ ފުރަތަމަ ރައީސް https://heerasnews.com/757 https://heerasnews.com/757 ވެރިކަމައިގެން ތަންދޮރު ކުޑަވެގެން އެތައް ބަޔަކު ނުކުރާ ކަމެއްނެތެވެ. ދުރާލާ ރާވައިގެން ވެރިކަމާ ކައިރި ވެވޭނެ ހުރިހާ ގޮތަކަށް މުޅި ހަޔާތް ގުރުބާން ކުރާއިރު ވެސް ގިނައީ ވެރިކަމުގެ ވަސްވެސް ނުފެންނަ މީހުނެވެ. ކުރިން ވެރިކަން ލިބި އޭގެ މަސްތުގައި ޖެހި ހިތްނުކެނޑި ގެއްލުނު ފުރާވަރު ހޯދަން އުޅޭ މީހުންގެ ހާލު ވަކީން ބޮޑެވެ. އެހެންނެއް ކަމަކު ކުރާހާ ތަދުބީރު ތަގުދީރަށް ނުވެދަނީ މަދެއްކޮށް ނޫނެވެ. ބައެއް ޒާތުގެ ކަންކަން ހިނގާ ނިމިދަނީ ބަޔަކު ދުވަހަކު ހިތައް ނަރާ ގޮތް ގޮތަށެވެ.

ރާއްޖޭގެ ރައީސްކަން އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަފާނެ ކަމަކަށް ކުރިޔަކުން މީހަކު ހިތަށް ވެސް ނާރައެވެ. އެކަމަށް އެދިވަޑައިގެން އެއްވެސް ކަމެއް ދުވަހަކު ކުރެއްވި ކަމެއް އެނގިފައެއް ނެތެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރކަށް ހުންނަވައިގެން ވެސް ޔޯލަކޮށްލާފައިވެސް ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނެތެވެ.

ވެރިކަމައިގެން ލޮލުފިޔަ ނުޖަހާ އުޅުނު އެންމެން އެހެން އުޅެއުޅެ ތިއްބާ ރައީސް ސާލިހުގެ އަތްޕުޅު މައްޗަށް ވެރިކަން ފުރޮޅިގެން ދިޔަގޮތް އިބުރަތަކަށް ފުދެއެވެ. ވެރިކަން ލިބި ވަޑައިގެން ގޮތާއި ވެރިކަން ކުރެއްވުމުގައި ގާއިމު ކުރައްވަމުން ގެންދަވާ ތަފާތު ރެކޯޑް ތަކަކީ ފެންނަ އާދަޔާ ހިލާފު ތަފާތެކެވެ.

ރައީސް ސާލިހު ވެގެން ގޮސްފައި ވަނީ މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ފައްކާވީ ފަހުން ދެވަނަ ބުރަކަށް ނުގޮސް ރައީސް ކަމަށް ހޮވި ވަޑައިގެން ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ފިކުރު ތަފާތު ސިޔާސީ ޕާޓީ ތަކެއްގެ މައްޗަށް އެކުލެވޭ ކޯލިޝަން ސަރުކާރެއް ރޫޅާ ނުލައްވާ ދެމެހެއްޓެވި ފުރަތަމަ ރައީސަށެވެ. ރައިސުލްޖުމްހޫރިއްޔާގެ ނައިބާ މައްސަލަ ނުޖެހި ނައިބުރައީސްއާއި އެކު އޮންނަން ޖެހޭ ގުޅުމާއި އިތުބާރު ދެމެހެއްޓެވި ފުރަތަމަ ރައީސަށެވެ.

ރައީސް ސާލިހަކީ ވެރިކަން ކުރާ މައިޕާޓީގެ އެތެރޭގެ ކޯޅުންތައް ކިތަންމެ ބޮޑަސް ޕާޓީގެ ރައީސް ދައުލަތް ހިންގުމާއި ޕާޓީގެ ލީޑަރޝިޕުން ބާކީކޮށް ނުލައްވާ އެކަށޭނަ އިހުތިރާމް ދެއްވައިގެން  ޕާޓީގެ މެޖޯރިޓީ ތާއީދު ހޯއްދެވި ލީޑަރެވެ. ޕާލަމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހާއި ކޮންގްރަސްގެ ތާއީދު އެންމެ ބޮޑަށް އޮތް އިސްލީޑަރެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19 ގެ އާލަމީ ވަބާއިން މުޅި ރައްޔަތުން ސަލާމަތްކޮށް ދެއްވި އާދަޔާ ހިލާފު ލީޑަރެވެ. ދަތި އުދަގޫ ހާލަތުގައި ގިނަ ގައުމުތަކާ ހިލާފަށް ކޮވިޑް ވެކްސިން ރައްޔިތުންނަށް ދިނުމުގައި ދުނިޔޭގެ ރެކޯޑް ގާއިމުކުރެއްވިއެވެ. ކޮވިޑް ޖެހިގެން މަރުވި މީހުން އެންމެ މަދު އެއްގައުމަށް ހައްދަވައި ކޮވިޑް މެނޭޖުކުރުމުގައި ދުނިޔެއަށް މިސާލު ދެއްކެވިއެވެ.

މުޅި ދުނިޔޭގެ އިގްތިސާދީ ހަރަކާތްތައް ހުއްޓި ގިނަ ގައުމުތަކުގައި ފަގީރުކަން އާއްމުވެ އެތައް ގައުމެއް ކާބޯ ތަކެއްޗަށް ޖެހި ބަނގުރޫޓު ވެގެން ދިޔައިރު ރާއްޖޭގެ ރައްޔިތުން އެހާލަތަށް ވެއްޓުނަ ނުދެއްވާ ގައުމު ނެހެއްޓެވިއެވެ.

މުޅި ދުނިޔެއިން ފަތުރުވެރި ކަމުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހެޓްޓްރިކް ހެދިއެވެ. ދުނިޔޭގެ ޖަމްއިއްޔާގެ ރިޔާސަތަށް ރާއްޖެ ގެންގޮސް ދެއްވިއެވެ. ބައިނަލް އަގުވަމީ ދުނިޔޭގައި ބަސްވިކޭ ނަންހިގާ ގައުމަކަށް ރާއްޖެ ހެއްދެވިއެވެ.

ވަޒީފާއެއް ކުރާނެ ކަމެއް ނެތިފައި ރަށްރަށުގައި ތިބި އެތައް ހާސް އެތައް ސަތޭކަ ބަޔަކަށް ސަރުކާރާއި ކުންފުނިތަކުން ވަޒިފާ ދެއްވާ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެގޮތް ހައްދަވާ ދެއްވާ ފޯރުންތެރި ކުރުވިއެވެ. މިނިމަމް ވޭޖު ތައާރަފްކޮށް ޓީޗަރުންގެ މުސާރަ އުފުއްލާލަ ދެއްވިއެވެ.

ޒަމާނުއްސުރެ އިހުމާލުކޮށް ބަކީކޮށްފައި އޮތް ރަށް ތަކަށް ތަފާތެއް ނެތި ފެނާ ނަރުދަމާއާއި ބަނދަރު ހޯއްދަވާ ދެއްވިއެވެ.

ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ސްކޫލު މަދަރުސާތަކާއި ޒުވާނުންގެ މަރުކަޒުތަކާ ކުޅޭ ބިންތައް ޒަމާނީ ފެންވަރުގައި ތަރައްގީ ކުރައްވާ ކޮންމެ ރަށަކީ އިންސާނުން ދިިރިއުޅެން ކަމުދާ އަމާން ހިދުމަތްތެރި ވެއްޓަކަށް ބަދަލުކޮށް ލައްވައިފިއެވެ. ވައިގެ މަގުންނާއި ކަނޑުމަގުން މުޅި ރާއްޖެ ގުޅި ލާމެހެމުން އެހުރެގެން ދަނީއެވެ.

ސްލޯވެ ކަންކަން ނުކުރެވޭ ވާހަކަ ދެއްކި ވާދަވެރިން މިއަދު ދައްކަނީ ވަޒީފާ ދޭވާހަކައާއި ހަރަދު ބޮޑު ވާހަކައާއި ދަރަނީގެ ވާހަކައެވެ. އުދަގުލާ ދަރަންޏާއެކު ރައްޔިތުންނަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯއްދަވާ ދެއްވުމުގައި އަވަދިނެތި އެއުޅުއްވަނީ ފިތުނަވެރި ވާހަކަތަކަށް ބީރު ކަންފަތް ދެއްވައިގެނެވެ.

އިގްތިސާދު ފުޅާވެ ދަރަނިތައް މެނޭޖްކުރެވި އުފާވެރި ޖަޒީރާ ރާއްޖެއެއް ހޯއްދަވައި ދެއްވާތަން ފެނި ވެރިކަމަށް ދަހިލަވާ ކޮންމެ މީހަކު ހަސަދަވެރި ވާނެއެވެ. އާހިރުގައި ރައީސް ސާލިހު ފަސޭހަ ކަމާއެކު ދެވަނަ ދައުރެއް ކާމިޔާބު ކުރުމުގެ ރެކޯޑް ފުރަތަމަ ފަހަރަށް ގާއިމު ކުރެއްވުން ނުކުރެއްވުމަށް ވުރެ ގާތެވެ.

]]>
Thu, 01 Dec 2022 14:42:56 +0500 ހީރަސް
ހަމަހަމަ 4 ގެ އެއް ލޭންޑްމާރކް އަކީ ފެނަކަ ސައީދު https://heerasnews.com/735 https://heerasnews.com/735 ރައީސް ސާލިހުގެ ސިޔާސީ ވާދަވެރިން އެންމެ ހަސަދަވެރި ވަނީ ފެނަކަ ކޯޕަރޭޝަންގެ ކާމިޔާބީ ތަކާއި މެދުގައެވެ. މީހުން އުޅޭ 150 ރަށަށް އަސާސީ ހިދުމަތްދޭ ފެނަކައިން ދެވޭ ހިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ވަނީ ލިބިފައެވެ. ފެނަކައިން ދޭ ހިދުމަތްތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތް ތަކަކަށް ވުމަކީ ވާދަވެރިންނަށް ހަޖަމުކުރެވޭ ކަމަކަށް ނުވެއެވެ.

ވާނީ އެހެންތާއެވެ. މި ސާރުކާރު ވެރިކަމާ ހަވާލުވީ އިރު ވަރަށް ގިނަ ރަށްރަށުގައި ކަރަންޓްދޭ އިންޖީނުގެތައް ހުރީ ބައުވެ ހަސް ނެތިފައެވެ. ހުރިހާ ތަނެއްހެން ހުރީ އަވަށު ތެރޭގައެވެ. އާއްމު އުނދަގުލެއް ގޮތުގައެވެ.

އިންޖީނުގެއިން އިވޭ އިންޖީނުގެ އަޑުފަށްގަޑު އެތައް ދުރު މިނަކަށް ފެތުރި ކެނޑިނޭޅި އިވިއިވި ހުރެއެވެ. އިންޖީނުގެ ތަކުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ކަންފަތްތައް ހުރީ ބައްވެފައެވެ. އަޑުގެކޮޅަށް  ވާހަކަ ދައްކައިގެން ނޫނީ މީހަކު ދައްކާ ވާހަކައެއްގެ އަޑެއް ޖެހިގެން ހުންނަ މިހާއަށް ވެސް ނީވެއެވެ.

އިންޖީނު ތަކުން އަރާ ދުމުން މުޅި އިންޖީނުގެތައް ހީވަނީ ދަރުން މަސް ކައްކާ ގެނދަބުޅީގެ ބަދިގެތަކެއް ހެންނެވެ. އިންޖީނުގެއިން އަރާދުމުން ހިސާބުގަނޑުގެ ގޭގެ އާއި އެ ގޭގޭގައި ގެންގުޅޭހާ އެއްޗެއް ވެސް ހީވަނީ ދެލި އަރާ ފުރެވައި ހުންނަ ތެލިތަކެއް ހެންނެވެ. ގޯތި ތެރޭގައި ހުންނަ ގަސްގަހުގެ ފަތެކޭ ދަރުބަދިގެއެއްގެ އަތްދޮށް ގަނޑަކާ ތަފާތެއް ނުހުރެއެވެ.

އިންޖީނުގެއާ ފަސްހަސަތޭކަ ފޫޓް ދުރުގައި ހުންނަ ގޭގެ ވަޅުވަޅުގެ ފެންގަނޑެކޭ ތެޔޮފެން ލޯގަނޑެކޭ އެއްގޮތެވެ. އެއަށްވުރެ ކައިރީގައި ހުންނަ ވަޅުތަކުގެ ހާލު ހުންނާނެ ގޮތް ދެން ހިތައް ގެންނާށެވެ.

ވޭތުވެ ދިޔަ 4 އަހަރު ތެރޭގައި ފެނަކައިން އެންމެ ބޮޑު އިސްކަމެއް ދިން އެއްކަމަކީ ރަށްރަށުގެ ރައްޔިތުންނަށް އިންޖީނުގެތަކުން ލިބެމުން ދިޔަ އަނިޔައާއި ދުއްތުރައިން ރައްޔިތުން މިންޖު ކުރުމެވެ. އެކަމަށްޓަކާ ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ކަމަށް ވިޔަސް އެކަންނުކޮށް ލަސްކޮށް ފަސްކުރާކަށް ފެނަކައިން ބޭނުމެއް ނުވިއެވެ.

މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އަޒުމް ކަނޑަ އެޅުއްވީ ރަށްރަށުގެ ރައްޔިތުން އުފުލަން ޖެހިފައިވާ ވޭނާއި ތަކުލީފަށް ނިމުން ގެނެސް ދެއްވުމަށެވެ. ފެނަކައަކީ ރައްޔިތުންގެ އިހުސާސް ދަނެގެން ރައްޔިތުންގެ ލޯތްބާ އިތުބާރު ލިބިގެން ރައްޔިތުނަށް ހިދުމަތް ދޭ ކުންފުންޏެއް ކަމުގައި ވުމަށެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ހެޔޮ އިހުސާސް އަމަލީ ގޮތުން ރައްޔިތުންނަށް ކޮށް ދިނުމަށެވެ.

ބައުވެ ހަސްނެތި ވިރާނާ ވެފައިވާ 66 އިންޖީނުގޭގައި ވަނީ ހުސްވި ހަތަރު އަހަރުގެ ތެރޭގައި ތަޅު އަޅުވާ ބަންދު ކޮށްފައެވެ. މީހުނަށް އުނދަގޫ ނުވާ ހިސާބުގައި އެންމެ ޒަމާނީ ފެންވަރަށް އިއްޖީނުގެ ބިނާކޮށް ހިދުމަތްދޭން ފެށުމަށް ފަހުގައެވެ.

އެތައް ޒަމާނެއް ވަންދެން ސަރުކާރު ތަކުން އިހުމާލު ވެފައިވާ ގައުމީ ބޮޑު މައްސަލައަކަށް މިސަރުކާރުން ފެނަކަ މެދުވެރިކޮށް ހައްލު ހޯދުމަކީ ކުޑަކުޑަ ހަރަދެއް ނޫނެވެ. ބޮޑު ހަރަދެއްކޮށްގެން ދާއިމީ ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ކުރިމަގުގެ ފައިދާ މުޅި ރައްޔިތަށާއި ސަރުކާރާއި ފެނަކައަށް ނިހާޔަތަށް ބޮޑުވާނެ ކަމެކެވެ.

މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ ލީޑަރޝިޕްގެ ދަށުން ކުރު މުއްދަތެއްގައި ހޯދި މި ބޮޑު ކާމިޔާބަކީ ރައްޔިތުންގެ ލޯތްބާ އިތުބާރު ފެނަކައަށް ލިބިގެން ދިޔަ ކަމެކެވެ. ވާދަވެރިންގެ ހަސަދައިގެ ލޯތައް މެނޭޖިންގ ޑިރެކްޓަރ ސައީދަށް ހުއްޓުނު ކަމެއް ވެސް މެއެވެ. ރައީސް ސާލިހުގެ ކާމިޔާބު ހަމަހަމަ 4 އަހަރުގެ އެއް ލޭންޑް މާރކް ކަމުގައި ފެނަކަ ސައީދު ވެގެން ދިޔައީ އެހެން ވެގެނެވެ. ވާދަވެރިންގެ އަމާޒު ފަތްގަޑަކަށް ފެނަކަ ސައީދު ވެފައިވަނީ ފެނަކައިގެ ކާމިޔާބީތަކަށް ހަސަދަ ވެރިކަން ބޮޑު ކަމުންނެވެ.

]]>
Fri, 25 Nov 2022 19:57:51 +0500 ހީރަސް
ކިތަންމެ ބޮޑު ތެދަކަސް ގައްދާރުން ގަބޫލެއް ނުކުރާނެ https://heerasnews.com/697 https://heerasnews.com/697

ޗާގޯސް މައްސަލާގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ ވަރުގެ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާ ކަމުގެ ޔަގީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް ދެއްވުމުން ވެސް ފިތުނަވެރިން އެކަން ވެސް ކުރާނީ ދޮގެވެ. ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިނގަމުން އަންނަ ސަރަހައްދީ މައްސަލައިގެ ތަފްސީލްތައް ސަރުކާރުން މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށް މެންބަރ އަސްލަމް ވެސް އެ ވިދާޅުވީއެވެ. މީގެކުރިން ބަންޑާރަނައިބު ވެސް ރާއްޖޭގެ މީޑިއާތަކަށް ވަނީ އެކަން ކަށަވަރު ކޮށް ދެއްވާފައެވެ. އެކަމަކު އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ބާރު ހިނގާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަޔާން ނެރުނީ މުޅި މައްސަލައިގެ މަފްހޫމު އޮޅޭ ގޮތަށެވެ.

މަޖިލީހުގެ އިދާރައިން ނެރުނު ބަޔާނުން ވެސް އެ މައުލޫމާތު މަޖިލީހުގެ އިދާރައަށް ލިބިފައިވާކަން ކަށަވަރު ވިއެވެ. އެހެނަސް ރައީސް ނަޝީދު ދައްކަން ބޭނުންވި މަންޒަރަކީ ގާނޫނު އަސާސީއާއި ހިލާފު އެއްބަސްވުމެއް ދިވެހި ސަރުކާރުން މޮރިޝަސްއާއި އެކުގައި ހަދައިގެން އުޅޭ ކަމުގެ ސިފައެވެ.

ރައްޔިތުން މަޖިލީހުގެ ލަފާ އަހަން ޖެހޭ ކަމެއްގައި ލަފާ ނާހާ އެކަމެއް ކޮށްގެން އުޅޭކަމުގެ އިހުސާސް ރައްޔިތުންނަށް ކުރުވުމެވެ. ބޭނުމަކީ ނަފްރަތު އުފައްދާ ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރުމެވެ. ނަޝީދަށް ތިމާ ނޫން މީހަކީ މީހެއް ނޫނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް ނިންމަން ޖެހޭކަމެއް މަޖީލީހަށް ސިއްރުކުރަން ޖެހޭ ސަބަބެއް ސަރުކާރަކަށް ނެތެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލު ސަރުކާރަށް އޮތް ކަމަށް ވެސް ބުނަނީ ރައީސް ނަޝީދާއި އަދި އިދިކޮޅު ޕީޕީއެމުންނެވެ. އެހެން ކަމަށްވަންޏާ ސަރުކާރުން ކޮންމެހެން ކުރަން ބޭނުން ވެގެން ކުރާ ކަމެއްގައި އިދިކޮޅު ހަދާ ބަޔަކު އިދިކޮޅު ހަދަހަދާ ތިއްބާ ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުން ފާސް ކޮށްގެން އެކަމެއް ކުރެވޭނެ ނޫން ހެއްޔެވެ. ބޮޑު ވަރަކަށް ނަޝީދަށް ކުރެވޭނެ ކަމަކީ އެޖެންޑާ ނުކޮށް ހިފެހެއްޓުމެވެ. ސަރުކާރުން ބޭނުންވާ ކަމެއް އެޖެންޑާ ނުކޮށް ނަޝީދަށް އިނދެވޭނީ ރިޔާސަތުގައި ބައިންދާފައި އިނީމާ ނުންހެއްޔެވެ. 

ނަޝީދާއި އަދި އިދިކޮޅުން ބުނާހެން މަޖިލީހުގެ ބާރު ސަރުކާރުގައި އޮވެ އެހެން އެކަން ސަރުކާރުން ނުކޮށް އޮތުމުން ވެސް ޗާގޯސް މައްސަލައިގައި ސަރުކާރުން ކަމެއް ފޮރުވައިގެން ކަމެއް ގޯސްކޮށް ކޮށްފައި ނެތްކަން ސާބިތުވެއެވެ. މޮޔަ ކުޑަ ކުދިން ވެސް ނަޝީދުމެން ވެރިކަމުގެ ދަހިވެތި ކަމުގައި ތިޔަ ދައްކާ ކަހަލަ ދެއުޅި އެއްނުވާ ހޮޅި ވާހަކައެއް ނުދައްކާނެއެވެ. 

ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ރާއްޖޭގެ ސިޔާދަތީ ބާރު ލިބިގެންވާކަން ރާއްޖޭގެ ގާނޫނު ތަކުގައި ކަނޑައަޅާފައި ވާއިރު، ޗާގޯސްއާއި ރާއްޖެ ގުޅޭ ސަރަހައްދު ފުށު އަރާ ނަމަވެސް ކަންކުރަން ގޮތެއް ގާނޫނުގައި ބުނެފައި އޮވެއެވެ. ސަރަހައްދީ އިން ފުށުއަރާ ގައުމަކާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރަން ގާނޫނުގައި ބަޔާން ކޮށްފައި އޮވެއެވެ. އަސްލަމް ވިދާޅުވީ ރާއްޖޭގެ އުތުރުގައި (އިންޑިއާ- ރާއްޖެ- ލަންކާ) ވެސް ކަންކުރީ އެ ގޮތަށް ކަމަށެވެ. ޗާގޯސް މައްސަލާގައިވެސް ސަރުކާރުން ކަންކުރަނީ ގާނޫނު އަސާސީގައި އޮތްގޮތަށެވެ. އެ ކަމުގައި އޮޅުމެއް އޮޅުވާލުމެއް ނެތެވެ. އެނގި ތިބެ ފަސާދަ އުފައްދަން ކަނޑައެޅިގެން ދޮގު ހަދާ އޮޅުވާލަނީ އަމިއްލަ އެދުމުން ފޯވެފައިވާ ނަޝީދާއި ޔާމީނާއި އެދެ މީހުންގެ ޕަޕެޓުންނެވެ.

ޗާގޯސް - ރާއްޖެ މައްސަލާގެ ތަފްސީލްތައް ހިއްސާ ކުރައްވާ އެޓާނީ ޖެނެރަލް އޮފީހުން މަޖިލީހަށް ހުށަހަޅާފައިވާ ލިޔެކިޔުން ތަކުގެ ތަފްސީލްތައް މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމު ހިއްސާ ކުރެއްވި ކުރެއްވުމަކީ ވެސް ނަޝީދުގެ ކަލްޓާ ޕީޕީއެމަށް ވާނީ ދޮގަކަށެވެ. ހުރިހާ ކަމަކަށް ވުރެ ނަޝީދު ވެސް ބޭނުންވަނީ ޔާމީނެކޭ އެއްފަދައިން ހެދުނު އެއްޗެއް ހަދައިގެން ވެރިކަން ހޯދުމެވެ. 

ވެރިކަމުގެ މަސްތުގައި ޖެހިފައި ތިބި ޔާމީނާ ނަޝީދަށްޓަކާ ގުރުބާން ކުރަން ގައުމިއްޔަތާއި އިސްތިގުލާލާއި ސިޔާދަތާ ދެން އޮތް އެއްޗަކާ ވެސް އެބައި ގަނޑަށް އޯކޭ ވާނެއެވެ. ހެއްދެވިހާ ދޮގެއް ހަދައިގެން ސަރުކާރަށް ކުރާ ދޮގު ތުހުމަތުތައް ސަރުކާރުން ގަބޫލުކޮށް އެއްބަސް ވުމުން ނޫނީ ސަރުކާރުން ތެދެއް ހަދާ ކަމަކަށް އެ ގައްދާރުން ގަބޫލެއް ނުކުރާނެއެވެ.

]]>
Tue, 15 Nov 2022 17:48:42 +0500 ހީރަސް
ޔާމީނާ ބައިވެރިވާ މީހަކާ މި ސަރުކާރު އެކަހެރި ވާނެ! https://heerasnews.com/693 https://heerasnews.com/693 ދިވެހި ރައްޔިތުން އިބޫފައިސަލް ގާތު އެދުނީ އެ މީހުނަށް ހެޔޮވެރި ކަމެއް ކޮށްދިނުމަށެވެ. ދެވަނަ ބުރަކަށް ނުގޮސް އެއްބުރުން އިބޫފައިސަލް ވެރިކަމަށް ހޮވާދިނީ ކަންތައް ތަކެއް މަތިކޮށްފައެވެ. ވެރިކަމަށް އިސްކުރަމުން ރައްޔިތުންގެ ގިނަ ބަޔަކަށް އިބޫފައިސަލް އޯކޭވީ ވަކި ކަހަލަ ކަންތައްތަކެއް ކޮށްދޭ މަތިންނެވެ. އެ ގޮތުން ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވި މުހިންމު ބައެއް ކަންކަން ހަދާނަށް އަންނަތީ ހިއްސާ ކޮށްލަމެވެ. 

ނަމަނަމަ ޔާމީނާއި އޭނާގެ ބައިވެރިން ވެރިކަމާ ކައިރި ނުކުރާތި:

އާނއެކެވެ. އިބޫފައިސަލްގެ ވެރިކަމަށް ހަތަރު އަހަރު ފުރިއްޖެއެވެ. ފަސްވަނަ އަހަރު ފެށުނީއެވެ. ދައުލަތް ހިންގުމުގައި ޔާމީނުގެ ބައިވެރިވުމެއް އޮތަކަ ނުދެއެވެ. މަޖިލީހުގައި ވެސް ޔާމިނުގެ ބައިވެރިން ކުރަން ބޭނުން ވެގެން ހުށައަޅާ އެއްވެސް ކަމެއް ވިޔަކަ ނުދެއެވެ. އެމްޑީޕީގެ ވަފާތެރި މެންބަރުން އެ ތިބީ އެ ކަމަށް ނިކަން ރަގަޅަށް ހޭލައެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ސަރުކާރުގެ ބައިވެރިން ގޮތުގައި ތިބެ ސަރުކާރަށް ޖެއްސުން ކޮށް ހެދިޔަސް ޔާމީނާ ގުޅިގެން އުޅޭކަން ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ނަމަ މި ސަރުކާރުން ފެޔެއް ނުވެއެވެ. 

މައުމޫނާއި އިމްރާނާއި ގާސިމާއި ނަޝީދު ވެރިކަމުގައި ބައިވެރި ކުރުން: 

ވަޒީރުންގެ މަޖިލީހުން ފެށިގެން ސަރުކާރު ކުންފުނިތަކުގެ ހިންގުމާ ހަމަޔަށް އެ ހަތަރު ސިޔާސީ ލީޑަރުންގެ ހިއްސާ އިންތިހާ ދަރަޖައަށް އިބޫ ފައިސަލް ސަރުކާރުގައި އޮވެއެވެ. ކޮރަޕްޝަނާއި ފަސާދައިގެ އިނގިލި ދިއްކުރެވޭ ކިތަންމެ ބަޔަކުވެސް އެކަމާ ހެދި މި ސަރުކާރު ތެރެއަށް ވަދެ މަތިހަށި ނަގަން ފުރުސަތު ލިބުނެވެ. ސިޔާސީ ކޯލިޝަނުގެ ތެރޭގައި އޮތް ވެރިކަމަށް އައުމުގެ ވާދަވެރިން ސިއްރު އެޖެންޑާގެ ތެރެއިން އިބޫފައިސަލަށް އުދަގޫތަކާ ދުއްތުރާތައް އަބަދުމެ އޮންނަނީ ޖެހި ޖެހިއެވެ. ކޮންމެ އެފަދަ ދަޑިވަޅެއްގައި އިބޫފައިސަލް އިސްކުރީ ކެއްތެރިކަމެވެ. އެއީ ރައްޔިތުން ބޭނުންވި ގޮތެވެ. ފުރަތަމަ ރިޔާސީ ތަގުރީރުގައި ވެސް އިބޫ ކޯލިޝަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނީ އެއުދަގޫ ޖެހޭނެކަން ނޭގި ހުރެއެއް ނޫނެވެ. ރައްޔިތުން ބޭނުންވެގެން ބުނެ ވޯޓުދިން ގޮތް ކަމަށް ވާތީއެވެ.

ރައީސާއި ނައިބު ރައީސް ގުޅިގެން ވެރިކަން ކުރުން: 

ރާއްޖެ މިކުރާ ޑިމޮކްރެޓިކް ވެރިކަމުގެ ތަޖުރިބާގައި ނައިބު ރައީސުންނަކީ ބިރެކެވެ. ނަޝީދުގެ ވެރިކަން ދައުރު ހަމަ ނުކޮށް ނިމެން ދިމާވީ ނައިބު ރައީސްގެ އިހުލާސްތެރި ނުވުމުންނެވެ. ޔާމީނަށް ފަސް އަހަރުގެ ދައުރެއް ނިންމުނީ ތިން ނައިބު ރައީސުން ތަޖުރިބާ ކޮށްގެންނެވެ. ރައްޔިތުން އިބޫ ފައިސަލްގެ ކިބައިން ގުޅިގެން ދައުރު ނިންމައި ދޭން އެދުނީ އެހެންވެއެވެ. އެކަން އިބޫ ފައިސަލް ރައްޔިތުންނަށް ސާބިތު އެބަކޮށްދެއެވެ. 

އަސާސީ ހިދުމަތް އެންމެނަށް ތަފާތު ނުކޮށް ދިނުން:

އަބާދީގެ ސައިޒެއް ރަށުގެ ސައިޒެއް ނުބަލާ މީހުން އުޅޭ ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކޮށް ލަފާފުރުން ފަސޭހަކޮށް ރައްކާތެރި ފެން ލިއްބައިދީ އެކަށީގެންވާ ކަރަންޓްގެ ހިދުމަތް ގާއިމު ކުރަން އިބޫފައިސަލަށް ރައްޔިތުން ޝަރުތު ކުރިއެވެ. ތަފާތެއް ނެތި ހުރިހާ ރަށެއްގައި އެއް ވާނަކަށް އެކަންތައްތައް ކޮށް އެހެރަ ނިމެނީއެވެ.

އަނިޔާވެރިކަން ފުހެލުން: 

ބަސްބުނުމުގެ މިނިވަންކަމާއި އިހުތިޖާޖު ކުރުމުގެ މިނިވަން ކަމުގައި މިހާރަކު ހައްދެއް ނެތެވެ. އެހެނެކޭ ކިޔާފައި ސިޔާސީ މަސްލަހަތެއް އިސްކޮށް އެއްވެސް މީހަކު ހިފާ ހައްޔަރެއް ނުކުރެއެވެ. ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކޮންމެ މީހަކަށް ދިފާއުވުމުގެ ހުރިހާ ހައްގެއް ތަންމިނަށް އޮތި ހުޅުވިފައެވެ. މިނިވަންކަމުގެ ބޮޑު ކަމުން ކަންބޮޑު ވާހާވެއެވެ. 

އިދިކޮޅު ސިޔާސީ ހަރަކާތައް ޖާގަ ދިނުން: 

ލިޔާނެ އެއްޗެއް ލިޔެ ކިޔާނެ އެއްޗެއް ކިޔަމުން ދިޔުމަކަށް ހުރަހެއް ނެތެވެ. އަރާނެ ރަށަކަށް އަރާ ސިޔާސީ ވާދަވެރިން ކުރާނެ ކަމެއްކޮށް ދައްކާނެ ވާހަކައެއް މިއަދު އެތިބެގެން ދަކަނީއެވެ. ނުހުއްޓުވައެވެ. 

ރިޔާސީ އެހެނިހެން ވައުދުތަކާއި މެނިފެސްޓޯއަށް އަމަލު ކުރުމުގައިވެސް އިބޫ ފައިސަލް ވަރެއް ނެތެވެ. ކޮވިޑްގެ ވަބާގައި ވެރިކަމުގެ ދެ އަހަރު މުޅި ދުނިޔެ މަރުތަޅު އަޅުވާފައި ވަނިކޮށް ކުރު މުއްދަތެއްގައި މިވަރު ވީ ބަޔަކު ވެސް ދިވެހިން މީގެ ކުރިއަކުން ނުދެކެއެވެ. ހެޔޮވެރިކަމަކީ މިއީ ނޫން ހެއްޔެވެ. %68 ދީފައި ރައްޔިތުން އިބޫފައިސަލްގެ ކިބައިން އެދުނީ އެމީހުން ގޮވައިގެން ޔަމީނު ކައިރިކުކޮށް ވެރިކަން ކުރާށެވެ. ޔާމީނާ ކައިރިވާ މީހަކު ބާކީކޮށް އެކަހެރި ކުރަން އެދުނީ ވެސް ރައްޔިތުންނެވެ. ޔާމީނާ ބައިވެރިވާ މީހަކާ މި ސަރުކާރު އެކަހެރި ވާނެއެވެ.

]]>
Mon, 14 Nov 2022 15:11:31 +0500 ހީރަސް
ބޭއިންސާފު އާންމުވެފައި އޮތްއޮތުން ނިމުމަކަށް ގެނެވިއްޖެ! https://heerasnews.com/685 https://heerasnews.com/685

އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމުގައި އޮތް އޮތުން ނިމުމަކަށް ގެންނަވައިފިއެވެ. އިންސާފަށް އެދުމުގެ ކުރިން، އިންސާފު ލިބިދާނެކަން އުންމީދު ނުކުރެވޭ ހިސާބަށް ބޭއިންސާފު އާންމުވެފައި އޮތްއޮތުން ނިމުމަކަށް ގެނެވިއްޖެއެވެ. އެއްބަސްނުވާ ކޮންމެ މީހަކީ، ވެރިކަމުގެ ހަތުރަކަށްވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވައިފިއެވެ.

އެއްބަހެވެ. މީގެ 4 އަހަރު ކުރިން ގައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ނުތަނަވަސްކަމާ ބިރުވެރިކަމެވެ. އެވާހަކަ ތަކުގެ ހަނދާން އައުވުމުން އަސަރުކުރެއެވެ. އަދިވެސް ހާސްވެއެވެ. ރައީސް އެވިދާޅުވާހެން މީގެ ހަތަރު އަހަރުކުރިން ގައުމު އޮތް ހާލަތު ހިތައް ގެންނަވާށެވެ. އޭގެން ކުޑަ މިންވަރެއް ހަނދާނަށް ގެނެސް ބަލާށެވެ. މިހާރު ގައުމުގައި ކަންއޮތީ އެހެން ނޫންކަން ތެދަށް ހުރެ ވިސްނާލާ މީހަކަށް އެނގޭނެއެވެ. 

ޔާމީނު ވެރިކަމަށް އެރިގޮތަށް އަރާ ފެށީ ގައުމު ގައުމުގެ ހަޒާނާއިން ވައްކަން ކުރާށެވެ. ކެންޕޭނު ހަރަދުތައް ފޫބެއްދުމަށް އޭނާ ހިޔާރުކުރި މަގަކީ ދައުލަތުގެ މިލްކިއްޔާތުން ވައްކަން ކުރުމެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ނޫނީ ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ބަލައި ނުގަންނަން އޮތް އޮތުން ފުރަތަ ބަދަލު ކޮށްލީއެވެ. ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ބިންތަކާއި ފަޅުތަކާއި ފަރުތަކުން ދައުލަތަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް އެމްއެމްޕީއާރުސީއަށް ބަލައިގަންނަ ގޮތަށް ހަމަޖެއްސި ޖެއްސުމަކީ އޭގެފެށުމެވެ. އިކުއިޒިޝަން ފީއެއް އެހެން އެއްޗެއް ކިޔާނެކަމެއް ނެތެވެ. މީރާއަށް ހިޔަނިވެސް އަންގާނުލާ ޖީބުތަކަށް އަޅާ ފުރަންފެށިއެވެ. ރަނގަޅަށް ކެންޕޭނު ހަރަދުތައް ފޫބެއްދޭނީ އޭރުންތާއެވެ. ތިޔަވަރުކޮށްލާކަށް ނުވާނޭބުނެ ހެޔޮ ނަސޭހަތް ދިން ޒަމާންވީ އެކުވެރިޔާ ނަމިރާ ނާޒިމަށް ޖެހުނީ 25 އަހަރުގެ ޖަލުހުކުމެއް ލިބިގަންނާށެވެ.

2014،15،16 ތިން އަހަރު ދުއްވާލީ ދައުލަތް ދަވާލުމުގެ މަސައްކަތުގައެވެ. މީހަކަށް ދޮންކަޅު އަންގަނުލައެވެ. ދަބަސްދަބަހާއި ފޮށިފޮއްޓާއި ކޮންޓޭނަރު ތަކުގައި ނަގުދު ފައިސާ ގެއަށް އުފުލީ ތިޔަހެނަކުން ނޫނެވެ. މަދުމަދުން ބޭންކް ޓްރާންސް ސެކްޝަންތައް ފައިސާ ދޮވުމުގެ މަސައްކަތުގައި ހެދިކަމުން ބޭންކްގައި މަސައްކަތް ކުރާ މެނޭޖަރަކަށް ހިލަންވެ އެކަން ފަޅާ އަރުވާލިއެވެ. ބުޅަލު ބުޑުގައި އުނބުން ޖެހުން ދުއްވައިގަންނަހާ ބާރަށް ދުވެގޮސް މެނޭޖަރ ގާސިމް އަބްދުލްކަރީމު ޖަލުގޮޅިއަކަށް ފައްތާ ޗޭނު ޖެއްސެވެ.  އެކަން ހިލަންވެ ދައުލަތުގެ އޮޑިޓަރޖެނެރަލް ނިޔާޒު އިބްރާހީމް މަތިމަތިން ބަލައިލި ކަމަށްޓަކާ ގާނޫނަށް ގެނައި ބަދަލަކުން ފޮނުވާލީ ގެއަށެވެ. ނަސީބަކުން ޖަލުގެ ތޭރިތަކުގެ ފަހަތަކަށް ދާކަށް ނުޖެހުނެވެ.

ބޭއިންސާފު ވުމުގައި ޔާމީނަށް ވަކިކަމެއް ނެތެވެ. ވެރިކަމަށް ފާޑުކީ ނޫސްވެރިންނާ ނޫސްތައް މިލިޔަނުން ކުރީ ޖުރުމަނާއެވެ. ރާއްޖެޓީވީ އެތައް ފަހަރަކު މިލިޔަނުން ޖުރުމަނާކޮށް ބްރޮޑްކާސްޓިންގ މެދުކަނޑާލަން މަޖުބޫރު ކުރުވިއެވެ.

އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފައިގެން އިހުތިޖާޖަށް ނިކުތްހާ ބަޔަކު ތަޅާ ރޯނާ ގެންނެވީއެވެ. މޭޑޭ މުޒާހަރާއަށް ނިކުތްހާ މީހުންގެ ލޭ ކޮށާލާ އަބްދުﷲ ރަޝީދުގެ ފުރާނަ ދުއްވާލިއެވެ. މޭޑޭގެ ބައިވެރިން ތެރެއިން އަމިއްލައަށް އަރުވާލެވުނު ބަޔަކު ފިޔަވާ ޝައިޚް އިމްރާނު ފަދަ އެތައްބަޔަކު ޖަލުގައި ވޭންދެނިވި އަނިޔާތައް ތަހައްމަކު ކުރަން ޖެއްސިއެވެ.

ގޮށްމުށުގެ ވެރިޔާ ޔާމީނަށް ހެޔޮގޮތެއް ނޯވެއެވެ. ތިމާގެ ވެރިކަމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ މާލޭން ފެންކެނޑުމުގެ ހާދިސާގައި އެކަން ހައްލުކުރުމުގައި އުޅުއްވި ހީވާގި ދިފާއީ ވަޒީރު ކާނަލް ނާޒިމުގެ ޒަމާން ދުއްވާލިގޮތް ހަނދާން ކޮށްބަލާށެވެ. ރައްޔިތުންގެ ރުހުމާ ލޯބި ލިބޭހެން ހީވެގެން ގެއަށް ފިސްތޯލައެއް ވައްދުވައިގެން ފްރޭމްކޮށް ދިގު މުއްދަތުގެ ހުކުމެއް ޖެހީ ވެރިކަން ބީވެދާނެ ކަމަށް ގަތް ބިރަކުންނެވެ. 

އޭގެ އަނެއް މިސާލެވެ. ފައިސާއަށް ބޫތުކައިފައި ހުރިވަރުން ރަށްތައް ވިއްކަމުގެ އަމަލީ މަސައްކަތުގައި ބައިދީގެން ގެންގުޅުނު  އިތުބާރު ކުރި އަދީބަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި ޖެއްސީ މުޅި އުމުރު ޖަލުގައި ހޭދަކުރާށެވެ. ކުރިހާ ވައްކަމާ ހިންގިހާ ހިޔާނަތަކީ އަދީބު ކުރިކަމަކަށް ހަދާ ފިނިފެންމާ ލޯންޗް ގޮއްވާލުމަށް ޖެއްސި ގޭމުވެސް އަދީބުގެ ބޮލަށް ކަނޑާލީއެވެ.

ރައީސް ވިދާޅުވީ ހައްގުތެދެކެވެ. ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ އިއްޒަތްތެރި މެންބަރުން ފާރުމަތިން އުކާލީ ބަރަޖާ ގަނޑަކުން ހިރަފުސް ފޮޅާލާ ގޮތަށެވެ. ދުވަސް ގަނޑަކަށް މަޖިލީހުގައި ބޮޑުތަޅުލާ ހާލަތުއްޒުރޫރާގެ ދަށަށް މަޖިލިސް ވައްޓާލި އިރު މި ފުޑާލެވެނީ ދައުލަތުގެ އެއްބާރުކަން ވެސް އިހުސާސެއް ނުވެއެވެ.

]]>
Sat, 12 Nov 2022 01:09:50 +0500 ހީރަސް
ޔާމީނު ކޮންވެންޝަން ސެންޓަރ އުވާލީ އައްޑުއަށް ޓޫރިޒަމް އަޔަނުދޭން https://heerasnews.com/665 https://heerasnews.com/665 ކިތަންމެ ޒަމާނެކެވެ. އެ މީހުނަށް ވާނުވާ އެނގެއެވެ. މި އަދަކު ސިޔާސީ ވެރިން ފަހާ އެ މީހުނެއް ނުދުވާނެއެވެ. ސިޔާސީ ބައިސާ ކަނޑަން އަންނަ މީހުން ޖައްސާ ވައްތަރު ބަލަން އެ މީހުން އެ ކަހަލަ ކޮންމެ އެއްވުމަކަށް އެއްވާނެއެވެ. ސިޔާސީ މީހުން ރައްޔިތުން ބޮލަށް ޖެހި ޗިޕް އެ މީހުން މިހާރު އެ ޖަހަނީ ޔާމީނު ކަހަލަ ޗިޕުންގެ ބޮލަށެވެ.

ޔާމީނު ހިތުން މިހާރު މުޅި އައްޑޫ އޮތީ ޔާމީނުގެ ފައި ދަށުގައެވެ. އައްޑޫ އެންމެން ތިބީ ޔާމީނު އަރުވާ ޅޮސް އުނދޯއްޔަށް އަރާ ހެއްލާށެވެ. ބަލަ ޔާމީނޫއެވެ. އައްޑޫ މީހުން ތިބީ ނިކަން ރަނގަޅަށް ހޭލައެވެ. ޔާމީނުގެ ވެރިކަމުގައި ކަންކަން ކުރާ ނަމުގައި އައްޑޫގައި ކަންތައް ތަކެއް ފެށިކަން އެ މީހުންގެ ހަދާނުގައި އެ ބަހުއްޓެވެ. އޭގެން އެންމެ ކަމެއް ވެސް ކޮށް ނިންމާ ނުދެވުނުކަން ދެނެތިބީ ވެސް އެ މީހުނެވެ.

ހަދަން ފެށި ބަނދަރުތައް އޮތީ ހާވާލާފައެވެ. ނިންމަން ޖެހުނީ މި ސަރުކާރަށް ކަން އެ މީހުން ހަނދާން އެބަ ހުއްޓެވެ. ނަމެއްގައި ފެނާ ނަރުދަމާގެ މަސްރޫއު ވެސް ފެށިން ނުންހެއްޔެވެ. އެކަން ކުރީ މި ސަރުކާރުންކަން އެ މީހުންނަކަށް ނޯޅެއެވެ. އަލަށް ހޮސްޕިޓަލެއް އަޅާނުދީ ކޮންވެންޝަން ސެންޓަރ ހަލާކޮށްލާ ހޮސްޕިޓަލަކަށް ހަދަން އުޅެ އެ ކަމެއް ވެސް ނުކޮށް ދެވުނު ނޫން ހެއްޔެވެ. އެންމެ ފަހުން އެ ހޮސްޕިޓަލް ވެސް ނިންމަން ޖެހުނީ މި ސަރުކާރަށެވެ.

ޔާމީނު ބޭނުންވީ ކޮންވެންޝަން ސެންޓަރު ވުޖޫދުން ފުހެލާށެވެ. ގަނބާ ވާހަކައާއި އޭތި މީތި ކިޔައިގެން އެތަން ބިމާ ހަމަ ކުރާށެވެ. އެހެން ނަމަވެސް އެހެން ހަދައިފިނަމަ ކުރިމަތި ވެދާނެ ކަމަކަށް ބިރުން އެތަން ހޮސްޕިޓަލަކަށް ހަދަން ނިންމީއެވެ. އަލަށް ހޮސްޕިޓަލެއް އަޅާނުދީ ކޮންވެންޝަން ސެންޓަރ ހަލާކޮށްލާ ހޮސްޕިޓަލަކަށް ހަދަން އެތަނަށް ބޮޑެތި ބަދަލުތައް ގެނައީއެވެ. އެހެން ނަމަވެސް ހޮސްޕިޓަލަކަށް ވެސް ވެރިކަމުގައި ހުރެ އެތަން ބަދަލުކޮށް ނުލެވުނު ނޫން ހެއްޔެވެ. އެންމެ ފަހުން އެ ހޮސްޕިޓަލް ވެސް ނިންމަން ޖެހުނީ މި ސަރުކާރަށެވެ.

ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުކުރީ ކީއްވެކަން އައްޑޫ މީހުނަށް އެނގެއެވެ. ގުދުރަތީ ގޮތުން އައްޑޫ އޮތް ގޮތުން އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ހުރުމަކީ ދުނިޔެއަށް އައްޑޫ ހުޅުވިގެން ދާނެ އެންމެ ފަސޭހަ ގޮތެވެ. އިންޓަނޭޝަނަލް ކޮންވެންޝަންތައް ބޭއްވުމަށް ދުނިޔޭގެ ކަންކޮޅު ތަކުން އައްޑުއަށް މީހުން އައުމަށް ހުޅުވުނު ދޮރަކީ ކޮންވެންޝަން ސެންޓަރެވެ.

ސަރކް ސަމިޓުން ފެށީވެސް އެހެން ވެގެނެވެ. އެކަމަކު އައްޑޫ ތަރައްގީ ވުމަކީ ޔާމީނަށް ވެސް ހަޖަމުވާނެ ކަމެއް ނޫނެވެ. އައްޑޫ މީހުންނަކީ ތުބުން ވެއްޓޭ ބަތްފުށް ކާންދީފައި ބައިތިއްބަން ޖެހޭ ބައެއް ކަމަށް ޔާމީނު އަބަދުވެސް ދެކެއެވެ.

ހަމަތެދެކެވެ. ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ހަދަން އުޅުނީ އައްޑޫ ޓޫރިޒަމަށް ހުޅުވިގެން ދިޔަ ނުދޭން ކަން އައްޑޫ މީހުންނަކަށް ނޯޅެއެވެ. ކޮންވެންޝަން ސެންޓަރު އެ ގޮތުގައި ހިންގިޔަ ނުދިނީ ވެސް ޔާމީނު ނޫން ހެއްޔެވެ. އެކަމުގެ ނަފާ އައްޑޫ މީހުނަށް ލިބެން ނޭދޭތީ ނޫން ހެއްޔެވެ. އައްޑޫގައި އަޅަން އޮތްހާ ފުލެޓް ވަހީދު ވެރިކަމުގައި ހުޅުމާލެއަށް ބަދަލު ކުރުވީ ވެސް ޔާމީނު ނޫން ހެއްޔެވެ. ޔާމީނު އޭތި މީތި ކިޔައިގެން އެ ހުރިހާ ކަމެއް ހުއްޓުވީ އައްޑޫ ރައްޔިތުން ގަންހިންގަން ކަން އޮޅިގެން އުޅޭ މީހަކު ނެތެވެ.

]]>
Mon, 07 Nov 2022 16:32:43 +0500 ހީރަސް
ޔާމީނަށް 10މިލިއަން ޑޮލަރުދޭ މީހަކަށް ޕީޕީއެމްގެ ރިޔާސީޓިކެޓް! https://heerasnews.com/654 https://heerasnews.com/654 ތިމާއަށް ނުވާ ނަމަ އެހެން އެކަކަށް ވެސް ވިޔަ ނުދިނުމަކީ އަނިޔާވެރި ޑިކްޓޭޓަރުންގެ ސިފައެކެވެ. ކޮށްފައިހުރި ކަންކަމާ، ހުރި ތުހުމަތު ތަކާއި އުފުލިފައިވާ ދައުވާތަކާއި ކުރެވޭ ތަހުގީގް ތަކާ ހުރެ ދެން ވެރިކަމަށް ނާދެވޭނެކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށެވެ. 

54 އާއި 45 ގެ އޮޅުމަކުން ސުޕްރީމް ކޯޓުން ބޯދަމައި ގަނެވުނު އިރުވެސް ކެންޑިޑޭޓަކަށް ވާން އޮންނަން ޖެހޭ ސާފު މުއްދަތު ފަހަނަ އަޅައިފި ކަމަށް ގާނޫނީ މީހުން އެބަ ބުނެއެވެ. ނުވިތާކަށް އެ ހުކުމަށް ވާޞިލުވި ގޮތް ސުޕްރީމް ކޯޓުން ބަޔާން ކުރި ނުގުތާ ތަކުގައި ޔާމީނު ކޮށްފައި ހުރީ ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ކަންކަން ކަމުގައި ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. އެ ފަދަ މީހަކު އަލުން ވެރިކަމަށް ކުފޫ ހަމަވާނެ ގޮތެއް ނޭނގެއެވެ. ޝަރުތު ގެއްލުނީމާ ވާދައެއް ނުކުރެވޭނެއެވެ. ޖަމީލަށް ވެސް އެކަން އެނގޭނެއެވެ.

އަބްދުﷲ ޔާމީނު ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި އޮންނަނީ ހޯދުނު ގޮތަކުން ފައިސާ ހޯދުންކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އޭނާ ކުރީ ވެރިކަންތޯ ނުވަތަ ވައްކަންތޯ ބުނެދެނީ ހުސްއަތާ ހުވާ ކުރި މީހާ ވެރިކަމުން ބޭލިއިރު އަމިއްލަ އެކައުންޓްގައި އެހުރި ގޮތްނޭނގޭ 100 އަށް ވުރެ ގިނަ މިލިއަން ރުފިޔާއެވެ.  

ފައިސާ ހޯދަން ވެރިކަންކުރާ މީހަކަށް ވެރިކަން ނުލިބުނަސް ފައިސާ ލިބުނީމަ އޯކޭ ވާނެއެވެ. ސުޕްރީމް ކޯޓްގައި ކެމެރާ ހަރުކޮށްގެން ފަނޑިޔާރުންނަށް ފާރަލީ މީހާ ވެސް މިހާރު އެހުރީ މަގާމުން ބޭރުކޮށްފައެވެ.

ވެރިކަމަށް އާދެވިއްޖެނަމަ އެހެނޭ މިހެނޭ ކިޔާ އެދައްކާ ހުރިހާ ވާހަކައަކީ ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ އަގު އެރުވުމަށް ދައްކާ ވާހަކައެވެ. އެކަކު ނެތުމުން ދެންހުރި މީހާއަށް ޓިކެޓް ލިބޭނީ ހަމައާއި އިންސާފުން ހިންގާ ސިޔާސީ ޕާޓީ ތަކުގައެވެ. ޔާމީނަށް ކޮން މުއިއްޒެއް ޖަމީލެއް ވަހީދެއް ހެއްޔެވެ؟ ބޯކޮށް ޓިސްޓިސް ނެގުނީމާ ޔާމީނަށް ނިމުނީއެވެ. އެކަމުގައި ޔާމީނަކީ މޮޅު ހުނަރުވެރި އެކެވެ.

މިހާރު އެކުރާ ގޮތަށް ޓިކެޓްގެ އަގު އެރުވުމަށްފަހު ، އެ ދުވަހަކުން ޕީޕީއެމް އޮންނާނީ މަނިކުފާނު ފަހަތުގައޭ ބުނެ 10 ވަރަކަށް މިލިއަން ޑޮލަރު  އަނެއްކާ ވެސް އެކައުންޓަށްލާން އޮތް ރަނުގެ ފުރްސަތަކީ މިއީ ކަން ޔާމީނަށް އެނގޭނެއެވެ. މި އަވާގައި ޖެހެން ތިބީ ގާސިމާ ނާޒިމާ ސަން  ސިޔާމް ފަދަ މީހުންނެވެ. ވަހީދު ވެސް ޕްރިންސް މުހައްމަދާ ޑީލް ކުރާކަމަށް ވެއެވެ. މަޅީގައި ޖެހި މިކެހި ލިބި އެބޮނޑި ބޯނީ މިތަނުން ކާކު ކަމެއް ނޭނގެއެވެ. 

]]>
Fri, 04 Nov 2022 19:25:29 +0500 ހީރަސް
އާދައަކަށް ވުމުން ގޯސް އެއްގޯސްވޭ: ރައީސް https://heerasnews.com/633 https://heerasnews.com/633 ކަމެއް މާގިނަ ދުވަހު ދެމި  އޮވެ އާދަ އަކަށް ވުމުން ނުރަނގަޅު ރަނގަޅެއްގެ ގޮތުގައި ބެލެވި ގޯސް އެއްގޯސްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވިދާޅުވުމަކީ ވަރަށް ބޮޑު ތެދުފުޅެކެވެ. ކޮރަޕްޝަނާއި ފަސާދަޔާއި ނާޖާއިޒް ފައިދާ ނެގުމަކީ ދައުލަތުގެ ތެރޭގައި އިންތިޒާމް ވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށް ވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ މިނިވަން މާހައުލެއް ރައީސް ސާލިހު ވަނީ ރާއްޖޭގައި ގާއިމުކޮށް ދެއްވާފައެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، ކުރާ ތަހުގީގަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރަކު ނެތެވެ.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަގުވާމީ މުޖްތަމައުން މިއަދު ބަލައިގަނެއެވެ. ތެދުފުޅެކެވެ. ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް ފަރުވާ ބޭނުން ވެފައިވާ އެންމެ ބޮޑު ބަލިމަޑު ކަމެވެ. އެ ބައްޔަށް އޮތް ޝިފާއަކީ، ހާމަ ކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުމެވެ. ރައީސް ސާލިހު ކުރައްވާ މަސައްކަތްޕުޅަކީ އެއީއެވެ.

ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް އެ އަންނަ ކުއްލި ބަދަލާއި އެކު ހުރިހާ ކަމެއް ވަގުތުން ރަނގަޅުވެ އިސްލާހު ވެގެން ނުދެއެވެ. ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތައް ބަންދުވެ، ވެފައި އޮންނަ ޒަމާންވީ އާދަ ވަގުތުން ބަދަލެއް ނުވެއެވެ. ކުރިއްސުރެ އޮތް އެ ނުބައި އާދަ އަދިވެސް ދައުލަތުގެ ތެރޭގައި އެބައޮތެވެ. އެ ކަމަށް ރައީސް ވެސް އެއްބަސްވެ ވަޑައިގަނެއެވެ.

ދައުލަތުގެ ތިންބާރާއި ސިވިލް ސޮސައިޓީގެ ތެރޭގައި ވެސް ކޮރަޕްޝަން އޮތް ކަމަށް ރައީސް އެއްބަސްވެ ވަޑައިގަންނަވައެވެ. ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ގަބޫލުކޮށް، އެ ކަމަށް ހިތްވަރު ދިނުމަށް ވުރެ، ބޮޑު ނުބައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވެއެވެ. އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުންކަން ރައީސް ފާހަގަ ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ހަގީގަތަށް ބުރަވެ ވަޑައިގެން ހުންނަވައެވެ.

ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ދޮރުތައް ދެނެގަނެ ނަޒާހަތްތެރި ކަމާއެކު ހިންގުމުގެ ނިޒާމް ހިންގުން ބައްޓަން ކުރުމަށް ސިވިލް ސޮސައިޓީން ފުރޭނިގެން އަންނަ ހިޔާލުތަކާއި ހުށަހެޅުން ތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމުގެ ޔަގީކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ.

]]>
Sun, 30 Oct 2022 14:11:51 +0500 ހީރަސް
ގައްސާނަށް: ތިޔަ އުޅެނީ ރަން ފާހާނާތަށީގެ މަސްތުގާ https://heerasnews.com/631 https://heerasnews.com/631 ރިޔާސީ އެނދެއް މަތީ ބިސްދީ، އެ މައްޗަށް ބިސްއަޅާ، ބިސްފީވެ ފަތްފަޅާ ބޮޑުވި ފިޔޮއްގަނޑެއް މައި ފިއްލަވާލި ތަނާ މަގުމަތި ވުމަށްވުރެ އަސަރު ހުރިކަމެއް ނުއޮންނާނެއެވެ. އެރި އުޅުނު ފަތާ ފެންގަނޑާ ޗަކުޒީ ހުވަފެނުން ވެސް ފެންނާނެއެވެ. މެންދުރު ކެއުމަށް ތާކު ނުޖައްސާ ގެންނަ ޖަބުރޯލުކޯނި އަދިވެސް ކާހިތް ވާނެއެވެ. ދެކަމުދާ ރަން ފާހާނާ މަތިން ހިތް ނުކެނޑޭނެއެވެ.

އުފެދުމުގައި ވެސް ރިޔާސީ މަސްތު ޖެހިފައި ހުރި މީހަކަށް ވާވަރު އަދި ކުޑައެވެ. 30 އަހަރު ހަޒާނާގައި ބަގުޑި ބައްދައިގެން އޮތް ދެ އާއިލާއިން އުފަންވީ ކުރަތްޕަކަސް ރަސްކަމުގެ ހުވަފެން ދެކޭނެތާއެވެ. ބޯވަ ހެދިގެން ހުރިހާ ހަރަކަށް ތޮރުފި ގަނެގެން އުޅެނީ ވެސް އެހެން ވެގެން ތާއެވެ. ސިޔާސީ ކުޅި ކުޅޭގޮތް ބަދަލުވެ ބައި ބަހާލީމާ ކޮންމެ ބައެއްގެ ތެރެއަށް ފަލީތާ ވައްޓާލައިގެން ކޮންމެ ތާކުން ވެސް ނެތް މޮޅު ހޯދަން ތެޅެބާލާ ގޮތް ނެނގޭ އެކަކުވެސް މިހާރަކު ނޫޅެއެވެ.

އެންދެރިކާ މީހުންނަށް ނޫނީ ރަނގަޅަށް ކަމެއް ކުރެވޭ ކަމަށް އެބަ ވޭހެއްޔެވެ. ކޮންމެ ކަމެއް ކުރަން ވަނީ ވެސް މި އެންދެރިކާ މީހުން ބުނާ ގޮތަށޭ ހީވާކަހަލައެވެ. ރާއްޖެއަކީ (އެންދެރި-ކާމިނީ) މިލްކެކޭ އަދިވެސް ހީކުރަނީ ތާއެވެ. ގިތެޔޮ އެޅި ގުޅިއަކުން ވަހެއް ނުފިލާނެއޭ ބުނެވެނީ އެހެންވެ ތާއެވެ.

ބަނގުރޫޓު ވުމާ ދިމާލަށްދާ ސަރުކާރެއް ހޯދަން ގައްސާނުމެން ގައިވީދަނީ ކީއްކުރަން ހެއްޔެވެ. ގައްސާނު ބުނާ ގޮތުން ދަރަންޏަށް ލާރި ފޮއްޗެއް ދިއްކޮށްލާނޭ ބަޔަކު ވެސް ރާއްޖެ އަކަށް އޮތީ އެއްނޫނެވެ. އިންފްލޭޝަނަށް އަތްފޯރާނީ އެއް ނޫނެވެ. އަންނާނެ ޓޫރިސްޓަކު ހުރީއެއް ނޫނެވެ. މައްސަލަތައް ހައްލު ކުރަން ޓެކުސް ބޮޑު ކުރުމަކީ ނަތީޖާ ނެރެވޭނެ ކަމެއް ކަމަށް ވަނީއެއް ނޫނެވެ. ރިޔާސީ ވައުދު ތަކާއި ސިޔާސީ ވަޒީފާ ތަކާއި މަގާމު ތަކުގެ ގިނަކަމާ، ހަފުލާތަކާއި ދަތުރު ތަކުގެ ބޮޑު ކަމުން ހަރަދު ދެކޮޅެއް ޖެއްސޭކަށް އޮތީއެއް ނޫނެވެ. މި ވަރުގެ ކަމަކާ ހަވާލުވާން ލޮލުފިޔަ ނުޖެހިގެން ރޫޅި ވެރެނީ ދެން ކީއްވެ ހެއްޔެވެ. ރިޔާސީ މަސްތުން ހިތް ނުކެޑެނީ ތާއެވެ.

ތިޔަ އާއިލާގެ އެކަކު އަނެކަކާ ސިޔާސީ ގޮތުން ގުޅުމެއް ނެތް ކަމަށް ދައްކައިގެން ރައްޔިތުންނަށް ޗަރުކޭސް ދައްކަން ނުހަދާށެވެ. ތިރީސް އަހަރުގެ ޗަރުކޭސް ބަލާބަލާ ހިތު ދަހެވެ. ބަފާމީހާ ހައްރުކުރީމާ ދެކިލަން ނުދިޔައީ ވެސް ހީލަތްތެރި ކަމުން ނޫން ހެއްޔެވެ. ކުޑަ ބެއަށް ހިލަންވެ ދަނޑުން ބޭރުކޮށްފާނެ ތީ ނޫންހެއްޔެވެ. މާ އިންސާފާ ހަމަ ގަބޫލުކުރާ މީހެއް ކަމަށް ދެއްކެން ހީލަތްތެރި ރޭވުމަކުން ވެސް ނުދިޔަ ނުދިއުން މީހުން ސިފަ ކުރަނީ ރަހުމެއް ނެތް ހިލަ ހިތެއްގެ ވެރިއެއް ގޮތަށެވެ. އެހެން މީހުނާ ގައުމަށް އެދޭނެ ހެވެއް އޮންނާނެ ކަމަށް މީހަކު ގަބޫލެއް ނުކުރެއެވެ.

އަމިއްލަ އެދުމުން ފޯވެފާތިބޭ މުނާފިގުން ރައްޔިތުންގެ ކަން ކަމަށް ބަސްކީމާ ތެދެއް ވިޔަސް މީހަކު ތެދެއް ކަމަށް ގަބޫލެއް ނުކުރެއެވެ. މީހުން އަދިވެސް ގަބޫލުކުރަނީ ރަން ފާހާނާ ތަށީގެ މަސްތުގާ އުޅޭ ކަމަށެވެ.

]]>
Sat, 29 Oct 2022 19:36:45 +0500 ހީރަސް
ރިޔާސީ ވައުދު: ދެންވެރިކަން ލިބިއްޖެނަމަ ޔާމީނު ހުކުރަށް ގެންދާނަން! https://heerasnews.com/629 https://heerasnews.com/629 ވެރިކަމުން ބޭލި ދައުރުގައި އާރަށާ ލައްވާލާ ބައެއް ހުކުރު ދުވަސް ދުވަހު ވަލަޒިކްރުﷲ އަކްބަރަށް ޔާމީނު އާރަށު މިސްކިތަށް ތިލަވެއެވެ. އެންމެ ފަހު ވަގުތު މިސްކިތަށް ގޮސް ވާތު ކޮނޑަށްދޭ ސަލާމާ އެކު އެންމެ ފުރަތަމަ ފުންމައިގެން މިސްކިތުން ބޭރުވަނީ ޔާމީނެވެ، ފުއްވާފައި ހުރެ ކާން އިނދެގެން ދައްކަނީ އިމާމު މީހާ ދިގު ސޫރަތް ކިޔަވާތީ ޔާމީނަށްވާ އުނދަގުލުގެ ވާހަކައެވެ. އެކަމާ ހުރެ އާރަށު މިސްކިތުގެ މުދިމު ބަދަލު ކުރި އަދަދު ވެސް ނޭނގެއެވެ.

ދީނުން ކަންދައްކަން ވެގެން ލާހެއްދެވިހާ ބޭނުމަކު ބްރިޖް ހުރަސްކުރާ މީހުން ކުރަން ޖެހެނީ މިސްކިތު ގުއްބެއްހެން ހަދާފައި އެހެރަ ބޮޑު މަލާމާތުގެ ދަށުންނެވެ. ބުނާ ކަހަލައެވެ. ކަލޭމެން ކުރާހާ ފާހިޝް ނުބައިކަމެއް ކުރަންވާނީ މިސްކިތު ގުއްބުގެ ނަމޫނާ ހުރަސްކޮށް އޭގެ ދަށުން އައިސް ގޮސް ވެގެންނެވެ. ހިތުގައި ނެތް ދީނީ ލޯބި ދަނގަޑާ ކޮންކްރީޓުން ހަދާ ބޭރު ފުށަށް ދެއްކުމަށް ވުރެ ބޮޑު ފުރައްސާރައެއް އިސްލާމް ދީނަށް ކުރެވިދާނެ ހެއްޔެވެ. 

ސަލްމާން މިސްކިތަށް ސަރުކާރުގެ ވެރިޔަކު ނުގޮސްގެން ކަންބޮޑުވާ ދީނީ ސޭޓުން ސޯޝަލް މީޑިއާގައި އުޅޭތީ ދެކެމެވެ. ތިމާ ހުކުރަށް ދަނީ ބޯގުނަން ހެން ވެސް ހީވެއެވެ. ހުކުރު ހަމަވޭތޯ ގުނަން ދާލައިގައި މަދޮށި ބަހައްޓައިގެން ގުނި ޒަމާން ހިގައްޖެއެވެ.

ސަލްމާން މިސްކިތުގެ ލައިޝަރޓް ޓިނު ދަބަރަށް ނުވަނީސް އެ މިސްކިތުގެ ވާހަކަ ދައްކައިގެން ސިޔާސީ މޮޅު ހޯދަން އުޅޭ ޔާމީން އެ މިސްކިތަށް ނަމާދަށް ނާރާތަނުގައި ހުކުރަކަށް އެރުވިއްޔާ މާތާހިރު ވާނެއެވެ.

އަދި ބުނަން ހެއްޔެވެ. ޔަހުދީ އަދި ނަސޯރާ ދީނުގެ ބާތިލު އަގީދާއެއް ކަމުގައިވާ ތިނެސްކަން ލޯ ސަލްމާނު މިސްކިތުގެ ފުރާޅުގެ ތެރެއިން ބަޔަކު ދައްކައެވެ. މި ބުނަނީ އެއް ޑޮލަރުގައި ކުރަހާފައި ހުންނަ އަހުރާމުން ރަމްޒުކުރާ ތިނެސްކަން ލޮލުގެ ވާހަކައެވެ.

އެއީ އެގޮތަށް ފަރުމާކޮށްގެ އެހެން ބަޔަކު ކުރިކަމެއް ނަމަ އެ މިސްކިތުން ދައްޖާލުގެ ލޯ ފާޅުވާތީ މިސްކިތް ތަޅާލަން ޕީޕީއެމް އިސްވެ އޮވެ ނިކުތީހެވެ. 

ދެން ވެރިކަން ލިބިއްޖެއްޔާ ކުރާނެ ކަންކަން އެބަ ކިޔައެވެ.

ޖަންގަލީގައި އުޅޭ މިނިކާ މީހުން އަލަށް ފެންނަ އެ ނޫން އިންސާނުން އަތުލައިގަނެގެން އަލިފާން ގަނޑުން ފިހަން ގެންދާ މަންޒަރު ބައިސްކޯފުން ފެނެއެވެ.

ދެން ވެރިކަން ލިބިއްޖެއްޔާ އެގޮތަށް ތަންޑިޔާ ލައިގެން ވިޔަސް ޔާމީނު ހުކުރަށް ގެންދަން އިދިކޮޅުން ވައުދުވިއްޔާ މާރަނގަޅު ވާނެއެވެ.

ތަންޑިޔާ ކޮނޑު އަޅަން ބާރަށު ސުޖާބެއަކީ ރަނގަޅު މަސްގަނޑެކެވެ. ފައިނު މާވަޑި އުމަރު ގޯތި އާދަނާ، ނައިފަރު ޝިޔާމާ އެއީ ޔާމީނު  ހުކުރަށް ގެންދާ ތަންޑިޔަލަށް ހެޔޮވަރު ކޮނޑުތަކެވެ. ނަމަނަމަ މުންދާއި ހިސްޓޯ ގާތް ނުކުރައްޗެވެ. އޭރުން ލުޔެއް ނުލިބޭ ތަނުގައި އެދެމީހުން ތިބޭނީ ތަންޑިޔަލުގައި އެލިގެންނެވެ. ހުކުރަށް ގެންދަން ފެންވަރުވަން އެންމެ ރަނގަޅުވަނީ ފިނިފެން މަލެއް ފަދަ ތުރާކުނު ސައީދެވެ. 

]]>
Fri, 28 Oct 2022 18:58:42 +0500 ހީރަސް
ޗާގޯސްގެ ކަންތައް ރައީސް ސާފުކޮށް ދެއްވައިފި https://heerasnews.com/625 https://heerasnews.com/625 ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސާފުކޮށްދެއްވައިފިއެވެ. ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ އެކަން އޮތްގޮތް ވިދާޅުވެ ދެއްވީ ކަންކަން ރަނގަޅަށް އެނގިތިބެ ބަޔަކު ސިޔާސީގޮތުން ނަފްރަތު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ދެމޫނުގެ ވެރިބަޔަކަށް ނުވެ ތެދުބަހުން ވާހަކަ ދެއްކުމަށް އިލްތިމާސް ކުރައްވަމުންނެވެ.  

ތެދު ފުޅެކެވެ. ހަގީގަތް އެނގި ތިބެ މަސްލަހަތު ނަގައިލުމަށް އޮޅުވާލައިގެން ވާހަކަ ދައްކާ މީހުން ލައްކަގިނައެވެ. ދޮގު ވާހަކަތަކާއި ޔޯލަ ވާހަކަތައް ފަތުރަނީ ފުރިހަމަ މުސްލިމުންނޭ ކިޔައިގެން ތިބެއެވެ. ތެދުބަހުން ވާހަކަ ދައްކައިގެން ދެމޫނުގެ ވެރި ބަޔަކަށް ނުވެވޭނެ ނޫން ހެއްޔެވެ.

 ކުރީގެ ރައީސް ނަޝީދު: މޮރިޝަސްގެ އެންމެ މަތީ މެޑެލް އެރުވި

ދެމޫނުގެ ވެރިން މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ވާހަކަ ދައްކަނީވެސް ސިޔާސީ މަންފާއަށްޓަކައެވެ. ހުޅުވިފައިވާ ހައްގު ކަށަވަރު ކުރުމުގެ އަޑު އެއް އަޑަކަށް ގުގުމާލާފައިވާ ޑިމޮކްރެޓިކް މި ޒަމާނުގައި ވެސް ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިފައި ހުރި ސަރަހައްދީ އިމުގެ އެތައް މައްސަލައެއް ހައްލުނުކުރެވި އެ އޮތީއެވެ. ބޮޑެތި ބާރުތަކުގެ މެދުގައި ވެސް އޮތީ އެކޯޅުމެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއެރުމުގެ މައްސަލައަށް ހައްލެއް ނުހޯދި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެކި ދުވަސްވަރު އޮތް ސަރުކާރުތަކުން އެކި ފެންވަރުގައި މަޝްވަރާ ކުރެވުނެ. އެގޮތުން މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރު އިނގިރޭސި ސަރުކާރާ އެކުގައި މަސްވަރާކޮށް ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދު ފުށުއަރާ ސަރަހައްދު، ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް އެއްބަސްވެވުނެވެ. އޭރު އިގިރޭސީންނާ މަސްވަރާ ކުރެވުނީ ޗާގޯސްއަކީ އިގިރޭސީންގެ ސިޔާދަތުގައި އޮތް ތަނަކަށް ވާތީއެވެ.

މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ބައިނަލްއަގުވާމީ ދަނޑުގައި ހެސްކިޔާފައި މަސައްކަތް ކުރިއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަން ވާނީ މޮރިޝަސްއަށް ކަމަށް ވަކާލާތު ކުރަމުން ދިޔައެވެެ. މޮރިޝަސްގެ ދައުވާ ބައިނަލްއަގުވާމީ ގޮތުން ވައިގައި ހިފަމުން ދިޔައިރު 2011 ގައި ރާއްޖެއިން މޮރިޝަސްއާއި އެކު ވެސް ފުށުއަރާ ކަނޑުގެ ސަރަހައްދަ ގުޅޭ ގޮތުން މަސްވަރާ ކުރިއެވެ.

ކުރީގެ ރައީސް ނަޝީދު: އިމުގެ މައްސަލަގައި މޮރިޝަސްއާ މަސްވަރާކުރި

ފުށުއަރާ ކަޑުގެ އިމުގެ މައްސަލާގައި މޮރިޝަސްއާއެކު ރާއްޖެއިން މަސްވަރާތައް ކުރެވެމުން ދިޔައިރު ވެސް ރާއްޖެއިން ގަބޫލު ކުރަމުން އައީ ޗާގޯސްގެ ސިޔާދަތީ ބާރަކީ އިގިރޭސި ވިލާތް ކަމަށެވެ. އެއްވެސް އިރަކު އެއްވެސް ސަރުކާރަކުން ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ ރާއްޖެއަށް ކަމަކަށް ނުދެކެއެވެ.

މި ސަރުކާރަށް ވީފަހުން 2019 ވަނަ އަހަރު ޗާގޯސްގެ ސިޔާދަތީ ބާރުވެރި ފަރާތަކާ ބެހޭ ގޮތުން ދުނިޔޭގެ ގައުމުތަކުން ދެކޭ ގޮތް ބެލުމަށް އދ ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓުދިނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެން ނުވާކަމަށެވެ. ރާއްޖޭގެ އިތުރަށް އެހެން ފަސްގައުމުން މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިން ނަމަވެސް ދުނިޔޭގެ 116 ގައުމަށް ފެނުނީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށް ކަމަށެވެ. އެ ނިންމުމަށް ބާރު ދެނީ ދުނިޔޭގެ ކޯޓުގެ އިސްތިޝާރީލަފައެކެވެ.

އދ ގެ އާއްމު މަޖިލީހުގެ އެ ނިންމުމާއި އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބިނާކޮށް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެން ނުވާ ތަނެއް ކަމަށް ބެލުމުގެ ފުރުސަތު މިހާރު ވަރަށް ހަންޏެވެ. މި އަސާސްގެ މައްޗަށް މޮރިޝަސްއާއި ދެކޮޅުވެރި ވެގެން ރާއްޖެއަށް ވާނެ މޮޅެއް ނެތެވެ. ސުލްހަވެރި ކަމާއެކު އިމުގެ މައްސަލަ ހަމަޖައްސަން އޮތް އެންމެ އަވަސް، ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަކީ ދުނިޔޭގެ ގިނަ ގައުމުތަކާ އެއް ކޮޅަށް ރާއްޖެއިން އެރުމެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި މޮރިޝަސްއާއި އެއްކޮޅަށް ރާއްޖޭން ވޯޓުދޭން ނިންމީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން އަކަ އިންޗިއެއް ވެސް ގެއްލުނަ ނުދިނުމަށެވެ. ރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށް ކުދި ގައުމުތަކުގެ މައްޗަށް ބޮޑެތި ގައުމު ތަކުން ގެންގުޅެމުންއައި އަަޅުވެތި ކުރުމުގެ އާދަކަދައާއި ދެކޮޅަށެވެ.

ހަރު ތަޅާލީމާ ނިކުމެ ދުއްވައި ގަންނަ ކަޅުވެން ތަކެއްހެން ފިތުނައެއް ފެށޭ ކޮންމެ ދަޑިވަޅެއްގައި ވިހަލާން އާޒިމާއެއް ދިޔާނާއެއް އުޅޭނެ ކަމެއްނެތެވެ. ބަންޑާރަ ނައިބުކަމުގައި ތިބެ ހޭވި ހަޑިން ގައުމުގެ ރައްޔިތުން އަދިވެސް އެ އުޅެނީ އަރައި ނުގަނެވިގެންނެވެ. ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ނުބުނެވެންޏާ ވެރިކަމުގައި ހުރެ ޗާގޯސް ރާއްޖެއަށް ހޯދަން ނޫޅެ ބޮޑުވަޒީރުކަމުގެ ދަހިވެތިކަމުގައި ނަޝީދެއް ކަމަކު ދުފާއެއްޗިއްސޭ ނުކިޔާ ހުރި ހާލަށް ހުރެވޭތޯ ބަލާށެވެ. ޑީލެކޭ ފައިސާއެކޭ ނުކިޔާ އަނގަވެސް ނުހުޅެވޭ ޔާމީނު މަސްވެރިންނޭ އިގްތިސާދީ ސަރަހައްދޭ ނުކިޔާ ވަގަށް ނެގިހާ ފައިސާ ދައުލަތަން އަނބުރާ ދިނިއްޔާ މާ ތާހިރުވާނެއެވެ. ހަގީގަތް އެނގި ތިބެ މަސްލަހަތު ނަގައިލަން ނޫޅެ ދެމޫނުގެ ވެރިން ގެއަށް ކަޑާލަންވީ ނޫން ހެއްޔެވެ.

]]>
Thu, 27 Oct 2022 18:27:37 +0500 ހީރަސް
ފޯޅަވަހި ކަނޑު ގެއްލުމުގައި ނަޝީދާ ޔާމީނުގެ އިހުމާލު https://heerasnews.com/620 https://heerasnews.com/620 ވެރިކަމުގައި ތިބިއިރު ތިމާމެންގެ އިހުމާލުން ނުކޮށް ދުކޮށްލި ކަމެއް ފަހުން ވެރިކަމަށް އައިސް ތިބި ބަޔަކު ނުކޮށްގެން ކުރީ ވެރިކަން ކުރި މީހުން ނިކުމެ އެވާހަކަ ދެއްކުން ތާހިރެއް ނޫނެވެ. އެ ޒާތަށް އުޅުމަށް ދިވެހިން ކިޔާ އުޅެނީ މަހާނަ މައްޗަށް މަޑިއަށް ޖެހުމެވެ. ރައީސް ނަޝީދު ވެސް ޕީޕީއެމް ވެސް ޗާގޯސް މައްސަލައިގައި ތިޔަ ޖެހެވެނީ މަހާނަ މައްޗަށް މަޑިއަށެވެ. ކުރީ ސަރުކާރުގެ ވާހަކަ ދެކެވެނީ އެ މީހުން ނިކުމެ މަހާނަ މައްޗަށް މަޑިއަށް ޖެހޭތީއެވެ.

ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ރައީސް ނަޝީދުމެން މިހާރު ވިދާޅު ވުމަކީ ދުލުގައި ހިފާދެމުމަށް ނުވެ ނުދާނެއެވެ. ދުލުގައި ހިފާ ދެމީމާ ނުބުނާން ހުންނަ އެއްޗެހި ވެސް ބުނެވޭނެއެވެ. ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ރައީސް ނަޝީދު ގަބޫލު ކުރައްވާ ނަމަ އިގުތިސާދީ ސަރަހައްދު ބައިކުރަން 2010 ގައި އެއްބަސްވެ ވަަަަަަަަަަަޑައެއް ނުގަތީހެވެ. އޭގެ ބަދަލުގައި އުޅުއްވީހީ ޗާގޯސް އެކުގައި ރާއްޖޭގެ ސިޔާދަތުގެ ދަށަށް ގެންނަވާށެވެ. މޮރިޝަސް ގެ ސިޔާދަތުގެ ދަށަށް އެތަން ދާކަށް ދޫކޮށް ނުލެއްވީހެވެ. އެހެން ނަމަވެސް އުޅުއްވީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތު އޮތް ތަނެއް ކަމުގައި ބައްލަވައިގެން ރާއްޖެއާއި ޗާގޯސް އާއި ދެމެދުގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު މޮރިޝަސްއާއި އެކު ބައިކުރައްވާށެވެ. މިހާރުވެސް ހިނގަ ހިނގާ އެ އޮތީ އެމައްސަލައެވެ.

ހިޔާލު ތަފާތު ވެގެން އެކަމުގައި އުޅެނީ މޮރިޝަސްއިން މިންއަޅަން ފަށާނެ ނުކުތާއާއި މެދުގައެވެ. މޮރިޝަސް އިން މިންއަޅަން ފަށަން ބޭނުން ވަނީ ޗާގޯސްއާއި އައްޑުއާ ދޭތެރޭގައި އޮންނަ ތިލައަކުން ފެށިގެންނެވެ. މޮރިޝަސްއިން މިންއަޅަށް ފެށުމަށް ރާއްޖެއިން ބޭނުންވަނީ އައްޑޫއާއި އެންމެ ކައިރިއަށް ޗާގޯސްގައި އޮންނަ ހިކިފަސް ތަނުން ފެށިގެންނެވެ. އިގްތިސާދީ ސަރަހައްދު މިންކުރުން ނޫން ކަމެއްގައި ތަފާތު ސްޓޭންޑެއް ރާއްޖޭން ގެންގުޅެފައެއް ރައީސް ވެރިކަމުގައި ވެސް ނެތެވެ. އަމްދުން ޗާގޯސްގެ ސިޔާދަތީ ބާރު ކޮންމެ ބަޔަކަށް އޮތަސް ރާއްޖެއަށް ފަރުވާލެއް ނެތެވެ. އަނެއްކޮޅުން ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭން ގަބޫލު ކުރާނަމަ މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ބައިކުރަން އުޅޭނީ ޗާގޯސްއާއި މޮރިޝަސް އާއި ދޭތެރޭން ނޫން ހެއްޔެވެ. ރާއްޖެއާއި ޗާގޯސްއާ ދެތެރެއަކުން ނޫނެވެ. ކަންކަން އެ ގޮތަށް ކުރައްވާފައި މިހާރަކު ފޯޅަވައްސޭ ޗާގޯހޭ މަސްކަނޑޭ ރައީސް ނަޝީދެއް ކަމަކު ނުކިއުއްވާށެވެ.

ޕީޕީއެމުން ވެސް މިރާއްޖޭގައި 5 އަހަރު ވެރިކަން ކޮށްފިއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން އެންމެ ބޮޑަށް މަސައްކަތްކުރީ އެ ދުވަސްވަރެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ގައި މޮރިޝަސް އިން އިގިރޭސީންނާ ދެކޮޅަށް ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ދައުވާ ކޮށްގެން އެކޯޓުގެ އިސްތިޝާރީ ލަފައެއް މޮރިޝަސްއާއި އެއްކޮޅަށް ނެރޭވަރު ކޮށްލީ ރާއްޖޭގެ ވެރިކަމުގައި ޕީޕީއެމް އޮއްވައެވެ. ރާއްޖޭގެ ބައެއް ކަމަށް ފޯޅަވައްސާ މުޅި ޗާގޯސް ވާނަމަ އެތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދަން ނޫޅުނީ ކީއްވެ ހެއްޔެވެ. ޗާގޯސްގެ ސިޔާދަތީ ހައްގު ހޯދަން ރާއްޖެއިން ދައުވާ ނުކުރިތާ މޮރިޝަސް މައްސަލައިގެ ތެރެއަށް ތަދައްހުލު ނުވީ ކީއްވެހެއްޔެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޭރު ހޯދިނަމަ އިގްތިސާދީ ސަރަހައްދު ބައިކުރުމުގެ މައްސަލައެއް ވެސް ނުއޮތީހެވެ. ފޯޅަވަހި ކަނޑު ހިތަކަށް ދިވެހި މަސްވެރިންނަށް އޮތީހެވެ.

ފުރުސަތު ލިބި އިހުމާލުން ނުކޮށް ދޫކޮށްލާފައި އޮތް ކަމެއް އިޔާދަ ނުކުރެވޭ ވަރަށް ކަމުގެ މުއާލާތް ކެނޑިގެން ދާފަހުން އިހުމާލުވީ މީހުން ނިކުމެ ގައުމިއްޔާތޭ ސިޔާދަތޭ އިގުތިސާދޭ ކިޔައިގެން ވާހަކަ ދައްކަންޏާ އެޅޭނީ ބޮލާފޮށައެވެ. ކިޔާ މީހުން ކުރީގެ ސަރުކާރޭ ކިޔަނީ ކިޔަން ޖެހޭތީއެވެ. ބާރުގައި ތިބިއިރު ލިބެން އޮތް ހުރިހާ ހައްގަކާ ބާރުތަކެއް ދޫކޮށްލާފައި ތިބި ބަޔަކު ނިކުމެ އެކަންކަމުގެ ވާހަކަ މިހާރު ދެއްކުމަކީ އަމިއްލަ ދުފާ އެއްޗިއްސަށް ފައިން އެރުން ކަހަލަ ކަމެކެވެ.

]]>
Wed, 26 Oct 2022 01:04:34 +0500 ހީރަސް
ޗާގޯސް މައްސަލައިން ވެސް ޕީޕީއެމްގެ މުނާފިގުކަން https://heerasnews.com/617 https://heerasnews.com/617 23 މެއި 2019 : މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީތީ ސަރުކާރުން މާފަށް އެދެންޖެހޭނެ: ޕީޕީއެމް

24 އޮކްޓޯބަރ 2022 : ޗާގޯސްއާ މެދު ވިސްނުން ބަދަލުކުރީ ގާނޫނުއަސާސީއާ ހިލާފަށް.

ރައީސް އަޒުލުކުރަން ހުށަހަޅާނަން: އިދިކޮޅު

ގައުމުގެ ސިޔާދަތާއި މިނިވަން ކަމުގެ ވާހަކަ ޕީޕީއެމުން ދައްކަނީ އެ ވަގުތަކަށް ނެގެން އޮތް ސިޔާސީ ފައިދާއެއް ނަގަންކަން ސާބިތުވެއްޖެއެވެ. އެބުނާ އިހުލާސް ތެރިކަމެއް އޮތްނަމަ ގައުމީ މަސްލަހަތު އޮތްކަމެއްގައި ދެފަހަރު ދެގޮތަށް ޕީޕީއެމަކުން ވާހަކައެއް ނުދެއްކީހެވެ.

ދެފަހަރު ދެގޮތަށް

ޗާގޯސް މައްސަލާގައި 2019 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ބަޔާން ނެރެހެދީ މޮރިޝަސްއާއި ދެކޮޅަށް ދިވެހި ސަރުކާރުން ވޯޓު ދީގެނެވެ. އެ ދުވަހު ޕީޕީއެމުން ގޮވާލީ މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިނީތީ ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމަށެވެ.

2019ގައި ޗާގޯސް މައްސަލައިގައި މޮރިޝަސް އާދެކޮޅަށް އދ ގެ ޖެނެރަލް އެސެމްބުލީގައި ރާއްޖެ ވޯޓު ދިނުމުން އެކަން ކުށްވެރިކޮށް ޕިޕީއެމުން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ޕީޕީއެމުން ބުނެފައި އޮތް އެއްޗަކާ މިއަދު އެ ދައްކާ ވާހަކައާއި އުޑާ ބިމާހާ ތަފާތެވެ.

މޮރިޝަސްއާއި ދެކޮޅަށް 2019 ގައި ރާއްޖެއިން ވޯޓުދިނުމުން އެކަންކުށްވެރި ކޮށް ޕީޕީއެމުން ނެރުނު ބަޔާނުގެ ހުލާސާ:

  • ރާއްޖޭގެ އެ ނިންމުމަކީ ދުނިޔޭގެ މައިކޯޓް (އައސީޖީ)އާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށް.
  • ސަރުކާރުން އެގޮތަށް ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތް ކުރުމަށް ބުންޏަސް އެއީ އެކަން އޮތް ގޮތެއް ނޫން ކަމަށް.
  • އދ. ގެ އެތައް ސަތޭކަ ( 116 ) ގައުމަކާ ދެކޮޅަށް އެންމެ ހަ ގައުމު ( އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ، ދިވެހިރާއްޖެ އަދި އިޒްރޭލް ) ވޯޓު ދިންއިރު، އެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުކަމީ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުނުގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކައިދޭ، އިސްތިއުމާރަށް ކުރާ ތާއީދު ހާމަކޮށްދޭ އަމަލެއް ކަމަށް.

ޕީޕީއެމުން ކުރިން ގޮވާލި ގޮވާލުމާ އެއްގޮތަށް އދ ގެ 116 ގައުމުގެ ވިސްނުމަށް އިހުތިރާމްކޮށް އިސްތިއުމާރަށް ތާއީދު ކުރުން ހުއްޓާލާ މޮރިޝަސްއަށް ތާއީދު ކުރަން ސަރުކާރުގެ ވިސްނުން ބަދަލު ކުރުން ވެސް ޕީޕީއެމަކަށް ކަމަކު ނުދިޔައެވެ.

ޗާގޯސްއާ މެދު ވިސްނުން ބަދަލުކުރީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށް ވެއްޖެއެވެ. ރައީސް އަޒުލުކުރަން ހުށަހަޅާން ޖެހިއްޖެއެވެ. މުޅި ވާހަކައިގެ ރާގު ބަދަލު ވެއްޖެއެވެ.

މޮރިޝަސްއާއި އެއް ކޮޅަށް ރާއްޖެއިން ވޯޓުދިނުމަށް ސަރުކާރުގެ ވިސްނުން ބަދަލު ކުރުމުން އެކަން ކުށްވެރިކޮށް ޕީޕީއެމުން މިހާރު ( 2022 ) ގައި ދައްކާ ވާހަކައިގެ ހުލާސާ:

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު:

  • ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާ އެގައުމާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ. އަދި އެ މައްސަލައިގާ މޮރިޝަސް އާއި ދެކޮޅު ސިޔާސަތެއް މީގެ ކުރިން ސަރުކާރުން ދެމެހެއްޓީ އެ ސަބަބަށްޓަކައި.
  • ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން.
  • ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާ އަކަށް އަމަލު ކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، މަޖިލީހުން ފާސް ކުރުމަށްފަހު.
  • ރާއްޖެއަކީ ފޯޅަވައްސާއި ޗާގޯސްގެ ގިނަ ރަށްތަކާއި ކައިރި ގައުމަކަށް ވާއިރު އެ ސަރަހައްދު ބައި ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން އިސްކަން ދޭނީ އެންމެ ކައިރީގައި އޮންނަ ގައުމަށް ކަމަށް ބެލެވޭ.
  • ދިވެހިރާއްޖެއިން ވަކާލާތުކޮށްފި ނަމަ ޗާގޯސްގެ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ލިބޭނެ ކަމުގެ ފުރުސަތު ބޮޑު.
  • މީގެ އިތުރުން، ޗާގޯސްގެ މައްޗަށް ބާރު ހިންގާ ގައުމެއްގެ ގޮތުގައި އިނގިރޭސި ވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެ ހިމެނޭ ބަޔާ މެދު މޮރިޝަސްއިން ވަކާލާތު ކުރުމުގެ ފުރުސަތު ހަނި.
  • ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.
  • ދިވެހި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ކޮޑި އިންޗިއެއް ވެސް ގެއްލޭ ގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލަން.

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް:

  • ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލުން.
  • ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާއިރު، އެ ކަމަށް ބަދަލު ގެނެވޭނީ މަޖިލީހުން ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން.
  • ރައީސުލްޖުމްހޫރިއްޔާ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އަކީ މި ގައުމަށް ގައްދާރު ވެފައިވާ ދެ ހާއިނުން.
  • ރާއްޖޭގެ ބައެއް ގެއްލިގެންދާ ގޮތަށް އެއްވެސް ތަނެއްގައި ވޯޓު ދިނުމުގެ ހައްގެއް ރައީސުލްޖުމްހޫރިއްޔާ އަކަށް ނުލިބޭނެ.
  • ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕެޓިޝަންގައި ސޮއިކޮށް ދިނުމަށް ގޮވާލުން.

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް:

  • ރައީސް ސޯލިހް އަޒުލު ކުރަން ޖެހޭނެ.
  • އަޅުގަނޑުމެން ނުވޭ މި ގައުމު ދެކެ ލޯބިވާ، މި ގައުމަށް އިހްތިރާމް ކުރާ ބަޔަކަށް.

ފަރަސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް:

  • ސަރުކާރަށް ސަލާމަތް ވެެވޭކަށް ނެތް.
  • ޒިންމާ ނަގަން ޖެހޭނެ.
  • ގައުމީ މަސްލަހަތު އިސްކުރުމަށް އަވަސް އިންތިހާބަކަށް ޖާގަ ދޭން ޖެހޭ.

ސަރުކާރުގެ ސްޓޭންޑް:

  • ޗާގޯސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ދިވެހި ސަރުކާރުން ނިންމި ނަމަވެސް ރާއްޖެއަށް ގެއްލުމެއް ނެތް.
  • ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވޭ.
  • އަޅުވެތިކޮށްފައިވާ ތަންތަން މިނިވަން ކުރުމުގެ ސިޔާސަތަށް ތާއީދު ކުރުން.
  • ބައިނަލްއަގުވާމީ މުޖުތަމައުގެ ރޫހާ އެއްގޮތަށް އަމަލު ކުރުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ބޮޑު ގޮތް. 

ޕީޕީއެމްގެ މުނާފިގުކަން:

  • ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާ އެ ގައުމާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށް ބުނެ އެ މައްސަލައިގާ މޮރިޝަސް އާއި ދެކޮޅަށް މީގެ ކުރިން ސަރުކާރުން ދެމެހެއްޓި ސިޔާސަތަށް މިހާރު ތާއީދުކޮށް ވާހަކަ ދައްކާއިރު ދުނިޔޭގެ 116 ގައުމާ ދެކޮޅަށް ރާއްޖޭން ވޯޓު ދީގެން ރާއްޖެ ވެފައި އޮތީ ދުނިޔޭގެ ތަރައްގީއާއި ތަމައްދުނުގެ ވިސްނުމާ ދުރު އިސްތިއުމާރަށް ތާއީދު ކުރާ ގައުމަކަށެވެ.
  • ސަރުކާރުން އޭރު މޮރިޝަސްއަށް ތާއީދު ނުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތް ކުރުމަށް ކަމަށް ބުނި ބުނުން 2019 ގައި ޕީޕީއެމް ކުރިމަތީގައި އެއްޗަކަށް ނުވިއެވެ. އެކަމަކު ސަރަހައްދީ އިމާގުޅޭ ކަމެއްގައި ސަރުކާރުގެ ވިސްނުން ބަދަލު ނުވާއިރު މަޖިލީހުން ފާސްކުރަންޖެހޭ ކަމެއް ޗާގޯސް މައްސަލައިގައި އަދި ނެތް ކަމެއް ޕީޕީއެމަކަށް ނޭގުނެވެ. މަޖިލީހުން ފާސްނުކޮށް ސަރަހައްދީ ކަމެއް ނުކުރެވޭނެ ކަމަށް ބުނެ އެ ޒާތަށް ޕިޕީއެމުން ވާހަކަ ދައްކާއިރު ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރާ ކަމަށް ސަރުކާރުން ބުނާ އަޑެއް ޕީޕީއެމަކަށް ނީވެއެވެ.
  • ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާ އަކަށް މަޖިލީހުގެ ރުން ނެތި މި ސަރުކާރުން އަމަލު ނުކުރާނެކަން އެނގިހުރެ އަމަލު ކުރަން ޖެހޭ މުއާހަދާއެއް ނެތްއިރު މުއާހަދާއެއްގެ ވާހަކަ ޕީޕީއެމުން ދައްކަނީ ކަންކަން އޮޅުވާލުމަށެވެ.
  • ރާއްޖެއަކީ ފޯޅަވައްސާއި ޗާގޯސްގެ ގިނަ ރަށްތަކާއި ކައިރި ގައުމަކަށްވާއިރު އެ ސަރަހައްދު ބައި ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން އިސްކަން ދޭނީ އެންމެ ކައިރީގައި އޮންނަ ގައުމަށް ކަމަށް ބެލެވޭ ކަމަށް ޕީޕީއެމުން ބުނާއިރު ޗާގޯސްއަކީ މޮރިޝަސްގެ އިހުތިސާސް އޮތް ތަނެއް ކަމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން އެޑްވައިޒަރީއެއް ނެރެ އެކަން އދ ގެ މެންބަރު 116 ގައުމުން ބަލައިގެންފައި އޮތްކަން ނޭނގޭ ކަމަށް ހަދައިފިއެވެ. އިހުލާސްތެރި ނިޔަތެއް އޮތް ނަމަ އެ ވާހަކަ ދައްކާނީ މިހާރަކު ނޫނެވެ. މޮރިޝަސްއިން ޗޯގޯސް ހޯދަން އިޖީސީގައި އުޅުނު އިރެވެ.
  • ދިވެހިރާއްޖެއިން ވަކާލާތުކޮށްފި ނަމަ ޗާގޯސް ހިމެނޭ ސަރަހައްދުގެ ބޮޑު ބައެއް ރާއްޖެއަށް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ވާނަމަ އެތަން ހޯދަން ކުރިން ނޫޅުނުތާ މޮރިޝަސްގެ އިހުތިސާސްގެ ދަށަށް ޗާގޯސް ގެންދަން އޭރު ބާރު އެޅީ ކީއްވެ ހެއްޔެވެ. 
  • ޗާގޯސްގެ މައްޗަށް ބާރު ހިންގާ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެ ހިމެނޭ ބަޔާ މެދު މޮރިޝަސް އިން ވަކާލާތު ކުރުމުގެ ފުރުސަތު ހަނި ވާނެކަން ނޭގި މޮރިޝަސްގެ ދަށަށް ޗާގޯސް ގެންދިއުމަށް ސަރުކާރުން ދެކޮޅު ހެދުމުން އޭރު ސަރުކާރުކާރުގެ އެ ނިންމުން ކުށްވެރި ކުރީ ކީއްވެ ހެއްޔެވެ. އެކަން އެނގުނީ މިހާރު ހެއްޔެވެ.

މައިގަޑު ޕީޕީއެމުގެ މަގުސަދަކީ ވެރިކަން ވައްޓާލުމެވެ. 2019 ގައިވެސް އަދި މިހާރު ވެސް ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ގޯސް ކަމަށް ބުނެ ކުރާ ކަމަކީ ފިތުނަ އުފެއްދުމެވެ. ރައްޔިތުންނާ ސަރުކާރާ ޖެއްސުމެވެ. ޕީޕީއެމުން އުޅެނީ ސަރަހައްދީ އިމަކާ ހެދިގެނެއް ނޫނެވެ. އަޅުވެތި ކުރުމާ ދެކޮޅުވެގެނެއް ވެސް ނޫނެވެ. އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލި މަސްވެރިންނަށް އުނިކަމެއް އަތުވެދާނެ ތީއެއް ވެސް ނޫނެވެ. ޔާމީނަށް ވެރިކަން ހޯދުން ނޫން އެހެން އެއްވެސް މަގުސަދެއް އެމީހުންގެ ނެތެވެ. ގައުމިއްޔަތު ނަހަމަ ގޮތުގައި ބޭނުން  ކުރުމުގައި ހަމައެއް ލަމައެއް އެ މީހުންގެ ނެތެވެ. 

]]>
Tue, 25 Oct 2022 10:22:23 +0500 ހީރަސް
ޔާމީނުގެ ވައުދު ފުއްދުން ފެންނަނީ ހީނާއަށް https://heerasnews.com/616 https://heerasnews.com/616 އަދިވެސް ވައުދު ފުއްދާނީ ޔާމީނު ކަމަށް ތަކުރާރުކޮށް ހީނާ ވަލީދު އެބަ ބުނެއެވެ. ހީނާއަކަށް މި ސަރުކާރުން ހިންގާ ކުދި ބޮޑު މަޝްރޫއު ތަކެއް ނުފެނެއެވެ. އަސާސީ ހިދުމަތް ގާއިމު ކުރުމުގެ މަސްރޫއު ތަކެއް ރަށް ރަށުގައި ހިނގާ ކަމަކަށް ހީނާ އަކަށް ނުވެއެވެ. އެހެން ނޫނަސް ހީނާ އެކަން ގަބޫލު ކުރިޔަސް ނުކުރިޔަސް ފަރުވާލެއް ނެތްތާއެވެ. ރައީސް ސާލިހަށް ރައްޔިތުންގެ %68 ވޯޓުން ރައީސްކަން ލިބި ވަޑައިގަތީ ޔާމީނާއި ހީނާއާއި ޕީޕީއެމުގެ ގޮނޑި ކޮއްކޮއިން ވޯޓު ދީގެނެއް ނޫނެވެ.

ރައީސް ސާލިހުގެ ފުރަތަމަ ދައުރު ނިމޭއިރު އަސާސީ ހިދުމަތް ގާއިމުވެފައި ނެތް ރަށެއް ނުއޮންނާނެ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވުމުން ޔާމީނުގެ ތަރުޖަމާނަށް އެހެރަ ވީގޮތެކެވެ. ނިތްކުރިއަށް ރުލެއް ވެސް އަރުވާ ނުލާ އެ ވާހަކަ ވަގުތުން ދޮގުކޮށްފިއެވެ. ރަށް ރަށަށް ދިޔައިމާ އެ ރަށްރަށުގައި އެއްވެސް ކަމެއް ހިނގާ ތަނެއް ނިމިފައި އޮތްތަނެއް ފެންނަ ކަމަކަށް ނުވެއެވެ.

އެންމެ ފަހުން ޔާމީނު އުތުރަށް ކުރި ދަތުރުގައި ހއ. އިހަވަންދުއަށް ދިޔަ ކަމަށްވެއެވެ. ލޮލު ހާލު ހުރި ގޮތުން އެ ރަށު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް ނިމެމުން ދާތަނެއް އޭނާ އަކަށް ނުފެނުނެވެ. ކެލަޔާއި ބާރަށާއި ވަށަފަރާއި ތުރާކުނާއި ދިއްދޫގައި ވެސް މި ސަރުކާރުން ކަމެއް ކުރި ކަމަކަށް ނުވެއެވެ. ހަނިމާދޫގައި މި ސަރުކާރުން ރާވާ ހިންގާ ކަންކަން ގިނަވެ އެ ރަށު މީހުން ގާތުގައި ދައްކަން އެނގުނީ އެ ރަށުން މީހުން ބާލާން އުޅޭ ވާހަކައެވެ.

އެ ވާހަކައެއް ނޫނެވެ. ބެޔަސް ނުބެޔަސް ދޭން ބުނި ދިހަ ހާހާއި ދަނޑުވެރިންނަށް ދޭން ބުނި އަށް ހާސް ދިންހެން ފުއްދި އެހެން ވައުދެއް ތަކެއް ހަނދާނަށް އެބަ އާދެއެވެ. ވައުދު ފުއްދުމުގައި ދެވަނައެއް ނެތް ޔާމީނު ވެރިކަމުގެ ދައުރު ނިމޭ އިރަށް ގާއިމުކޮށް ނިންމި ބައިނަލް އަގުވަމީ ފެންވަރުގެ ފުޓްބޯޅަ އެކަޑަމީ ރާއްޖޭގައި ހުރި ތަނެއް ހީނާ ނިކަން ބުނެލަ ދީބަލާށެވެ. އެފްއޭއެމް އާއި ހަވާލު ކޮށްގެން ނިންމި ފުޓްބޯޅަ އެކަޑަމީއަކީ ވެސް ޔާމީނު ފުއްދި ފެންނަން ނެތް ވައުދެކީތާވެ.

ކާށިދޫގައި 300 މީހުންގެ ޖަލެއް އަޅަން 2018 އަށް ބަޖެޓްކުރި 26 މިލިޔަނަށް ޖަލު ނާޅާ ނަމުގައި ކ. ހުރާގެ ފަޅު ހެދުމަށް އެ ފައިސާ ބަދަލުކޮށް ފަޅުގެ މަސައްކަތެއް ނުކުރެއެވެ. އެ ފައިސާ ކޮޅަށް ވެސް ވީ ހުދު ކާފޫރަށް ވާގޮތެވެ. ހުރާފަޅު ދެ ފޭހަކަށް ބަލާއިގެން ނިންމީ މި ސަރުކާރުންނެވެ. 2020ގެ ޖޫނުގައެވެ. 

އިނދެ ވަރިކުރި ފުޅާ އިންނަން އުޅެއުޅެ ކުރިއަކުން ވެސް ގަބޫލެއް ވިއްޔެއް ނޫނެވެ. އަނެއްކާވެސް ތަރިބަލާ ހަނދުގެނެސް އަތަށް ދޭން ވައުދު ވިޔަސް އިނދެގެން އުޅުނު ވައްތަރުން ގޮއްޔެ ވެފައިވަނީ މާފުއްސެކެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށް ވެގެން ފަހަތުން ނުނައްޓާ ތަރިބާލަ ދޭން ވާ ވައުދު ފުއްދާތަން ފެންނަނީ ހީނާ ވަލީދަށް އެކަންޏެވެ. އެގޮތަށް ފުއްދާ ވައުދު މެޑަމް ފާތުންނަށް  ވެސް ނުފެންނާނެއެވެ.

]]>
Mon, 24 Oct 2022 21:26:13 +0500 ހީރަސް
އިގިރޭސީން ދެކެ ބިރުން ތިބި ޒަމާން ހިގައްޖެ! https://heerasnews.com/610 https://heerasnews.com/610

ސާބަހެވެ. ވާއެއް ނުވާއެއް ނޭނގި ތިބެ ސިޔާސީ ހަސަދަ ފިލުވަން ހާދަ ފޯރިއެއް އެބަހުއްޓެވެ. ރާއްޖެއާ މޮރިޝަސްގެ ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ގެ ފުށު އެރުން ހައްލުކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލު ކުރީ ކޮން އިރަކު ހެއްޔެވެ.

އދ. ގައި ރާއްޖޭން މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދޭން ނިންމީ ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީގެ މައްސަލައަކު ނޫނެވެ. އިމުގެ މައްސަލާގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސްއަށް ދޭން ނިންމީ ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް ޒާތްޒާތުގެ ގޭސް އަނބުރަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ.

ފިތުނަވެރި ވިޔަސް ފުކެއް ބޮޑުވަރެވެ. ރާއްޖޭގެ ވިސްނުން ބަދަލު ކުރީ ކޮންކަމެއްގައި ކީއްވެކަން ނުބަލާ ހޭކުޑައިވިޔަސް ކަމަކު ނުދާނެއެވެ. ޗާގޯސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން ދުށް މީހަކު ތިޔަ ވާހަކަ މާ ބޮޑު ކަމަކަށް ވެގެން ނުދައްކާނެއެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުގެ ތަނެއް ނޫންކަން އައިސީޖީގެ އޮޕީނިއަނުގައި ސާފުކޮށް ބުނެފައި އެބައޮތެވެ. އެތަން މޮރިޝަސްއާ ހަވާލު ކުރަންޖެހޭކަމަށް އައސީޖީގެ އެ އޮޕީނިއަންގައި ނިންމާފައި އެބައޮތެވެ. ދިވެހި ރާއްޖޭން ތާއީދު ކުރަން ނިންމީ އެ ނިންމުމަށެވެ.

ޗާގޯސްއަކީ އެއްވެސް އިރެއްގައި ރާއްޖޭގެ ބައެއް ކަމަށް ދިވެހިން ވެސް ގަބޫލެއް ނުކުރެއެވެ. އެކަން މޭރުންވާ ފުލޯކު ވާހަކައެއް ހާ ހިސާބުވެސް ނެތެވެ. ދުނިޔޭގެ އެއްވެސް ރެކޯޑަކުން ވެސް ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ފެންނާކަށް ނެތެވެ.

އެއްވެސް އިރަކު ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ދެކިގެން އެއްވެސް އިރަކު އެތާނގެ މިލްކުވެރިކަމާ މެދު ރާއްޖެއިން ސުވާލު އުފައްދާ ޝަކުވާއެއް އުފުލާފައެއް ނެތެވެ. އެހެން ކަމުން އެތަނަކީ އިނގިރޭސީންގެ ތަނެއް ނޫންކަމާއި މޮރިޝަސްގެ ތަނެއް ކަމަށް ބުނުމުގައި އޮތީ ކޮންގޯހެއް ހެއްޔެވެ.

ރާއްޖެެއަކީ އިސްތިއުމާރު ކުރުންތައް ނިންމުމަކަށް ގެނައުމަށް އަބަދުވެސް ވަކާލާތުކުރާ ގައުމެކެވެ. އިނގިރޭސީން ދެކެ ބިރުން ހައްގުބަސް ބުނަން ބިރުން ތިބި ޒަމާން މާޒީވެއްޖެއެވެ. 2019 ވަނަ އަހަރު ވެސް ދުނިޔޭގެ 116 ގައުމަކުން ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ވޯޓު ދީފައިވެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ދެކޭ ގޮތާ ދެކޮޅުވެ ރާއްޖެއިން އެއްބަސް ނުވާނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ބުނާ އެންމެ ގައުމެއް ވެސް އޮތް ނަމަތާއެވެ. ރާއްޖޭގެ ޕޮޒިޝަނަކީ އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތް ޕޮޒިޝަނެވެ.

]]>
Sun, 23 Oct 2022 14:44:35 +0500 ހީރަސް