Maldives Real Time Facts & : ސިއްހީވެށި https://heerasnews.com/rss/category/ސއހ Maldives Real Time Facts & : ސިއްހީވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) ސަރުކާރުން ކެންސަރަށް ފަރުވާދެނީ މެޑަމް ވިދާޅުވި ހެނެއްނޫން https://heerasnews.com/3640 https://heerasnews.com/3640 އެކި ބަލިބައްޔަށް ހާއްސަ ޑޮކްޓަރުން އެކުގައި މަސައްކަތްކޮށްގެން ކެންސަރަށް ފަރުވާދިނުމުގެ ތެރެއިން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ލިބޭނޭ މަގުފަހި ކުރެވިފައި ވާކަމަށް ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް-6 ހުޅުވާދެމުން މެޑަމް ސާޖިދާ ވިދާޅުވިޔަސް ރާއްޖޭގައި އެހެނެއް އެކަމެއް ނުވެއެވެ. އަމްދުން އެއީ އާސަންދަ ދަންނަކަމެއް ނޫނެވެ. 

ކެންސަރަށް ފަރުވާދިނުމުގައި، ނަފުސާނީ ބަލިބައްޔާ ބެހޭ ފަންނީ މީހުންނާ،އި ޑައެޓީޝަނުންނާއި ފިޒިއޮތެރަޕިސްޓުންނާއި ޕެލިއެޓިވް ކެއަރ ޓީމުތަކުންނާއި ސާޖަނުންނާއި އޮންކޮލޮޖިސްޓުންނާއެކު ދޭ ފަރުވާއިން އެދެވޭ ނަތީޖާ ލިބި ބަލިމީހުން ތަހައްމަލުކުރަން ޖެހޭ ވޭން ކުޑަކޮށްދޭ ކަމީ ހަގީގަތެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ސަރުކާރުން އެކަން ހިންގަނީ އެހެނެއް ނޫނެވެ. 

ކެންސަރުގެ ފަރުވާއަށް އާސަންދަ ލިބިގެން ބޭރަށް ގޮސް ބޭސް ކުރާ އެތައް ބަލި މީހުނަށް ކެންސަރަށް ފަރުވާ ދިނުމުގައި މެޑަމް ސާޖިދާ އެ ވިދާޅުވާ އުސޫލެއް އާސަންދައަކުން ނުގެންގުޅެއެވެ. ކެންސަރު ފަރުވާއާއި ގުޅިގެން ޑައިޓްރިޝަނުންނާއި އެންޑްރޯކްރޮނޮލޮޖިސްޓުން ފަދަ ޑޮކްޓަރުންދޭ ޓެސްޓްތަކާއި ބޭސް އާސަންދައިން ކަވަރެއް ނުކުރެއެވެ. އާދަޔާ ހިލާފަށް ބުރަދަން އިތުރުވާ ކެންސަރުގެ ބަލިމީހުންގެ ބުރަދަން ލުއިކުރުމަށް ޖަހާ މޮންޖާރޯ ފަދަ އިންޖެކްޝަން އާސަންދައިން ކަވަރެއް ނުކުރެއެވެ. 

"ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތު- ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު" ކަމަށް ބުނަނީ އަނގައިންނެވެ. ޕޯޑިއަމްތަކުގައެވެ. އަމަލަކުން އެހެނެއް އެކަމެއް ނުވެއެވެ. ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތުވެފައި ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު ނަމަ ފަސޭހަ ރަހުމަތެއްގައި އެޕޮއިންޓްމަންޓް ނުލިބޭ ރާއްޖޭގައި ތިބޭ ކެންސަރަށް ފަރުވާދޭ އެންމެ ދެތިން ޑޮކްޓަރުންނަށް ބަރޯސާވެ ރާއްޖޭން ކެންސަރަށް ފަރުވާކުރެވޭ ކަމަށް ބުނެ ފަރުވާކުރުން ދަންމާލާފައި ނުއޮތީހެވެ. ތިބި މަދު ޑޮކްޓަރުން ތަޖުރިބާ ހޯދަން ބޭނުންކުރާ ލެބޯޓްރީ މީދާތަކަކަށް ހަދާފައި ކެންސަރުގެ ބަލިމީހުންތައް އެކަށީގެންވާ ފަރުވާ ހޯދަން އާސަންދައިގެ ދަށުން ބޭރަށް ނުފޮނުވާ ނުބޭތިއްބީހެވެ. 

ނަމެއްގައި ރާއްޖޭން ކެންސަރަށް ފަރުވާ ކުރެވުނެއް ކަމަކު ހާލު ބޮޑުވެ އަތްނުފޯރައިގެން ބޭރަށް ފޮނުވަން ޖެހޭލެއް ވަކި މަދީއެއް ނޫނެވެ. ވެއިޓް ލިސްޓްގައި މަސް ދެމަސް ވަންދެން ތިބެން ނުޖެހި ގިނަވެގެން ދެ ދުވަހެއްގެ ތެރޭގައި ބަލިމީހާ ދެއްކޭވަރަށް އެކަށީގެންވާ ތަޖުރިބާކާރު މޮޅެތި ޑޮކްޓަރުންނާއި ބޭނުންވާ އާލާތާއި ބޭސް މެދު ނުކެނޑި ލިބޭވަރުކޮށްފައި ރާއްޖޭންކުރެވެޔޭ ބުނެ ބޭރަށް ނުފޮނުވާ ފަރުވާ ދީބަލާށެވެ. 

ކުލަކުލައިގެ ރަސްމިއްޔާތު ބާއްވައިގެން ވަރުގެކޮޅަށް ހެދިގެން ޕޯޑިއަމްތަކުގައި އަތްގުޅި ނުކާވަރު ވާހަކަދެއްކިޔަކަސް ކަމަކު ނުދާނެއެވެ. މެޑަމް ސާޖިދާ އެ ވިދާޅުވާ ޝާމިލު ފަރުވާ ކެންސަރު ބަލީގެ ބަލި މީހުންނަށް ދެވެނީ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ކަމުގެ މުހިންމު ކަމާއި ހައްސާސްކަން ވަޒަންކުރެވިގެންނެވެ. މަވެތިކަން ބޮޑު އެއްވެސް ބަޔަކަށް ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތުވެފައި ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމުކަން ގަބޫލެއް ނުކުރެވޭނެއެވެ. 

]]>
Thu, 30 Oct 2025 16:14:37 +0500 އެޑިޓަރ
އާސަންދަ ފިއްތާލައިގެން ބަޔަކު މަރަށްތެޅުނަސް މުއިއްޒަށް ވަރިހަމަ! https://heerasnews.com/3612 https://heerasnews.com/3612 ރައީސް މުއިއްޒުގެ ކުރިމަތީގައި ދިވެހިރައްޔިތުންގެ ދިރިތިބުމުގެ ހައްގަކީ އެހެން ހުރިހާ ކަމަކަށްވުރެ ދަށުގައި އޮންނަ ކަމެއްކަހަލައެވެ. އެކަން އެނގެނީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުންނެވެ. ރައްޔިތުންނަށް ކާންބޯން ދެވޭނެ ގޮތް ހެދުމުގެ ފަހަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަދާދިނުމަށްވުރެ މުހިންމު އެހެން ކަމެއް ނުއޮންނާނެއެވެ. ރަޢްޔިތުންނަށް ދިރިތިބުން ކަށަވަރު ކޮށްނުދެވޭ ސަރުކާރެއްގެ ބޭނުމެއްނެތެވެ.

ނަމުގައި ރާއްޖޭން ބޭސްފަރުވާ ނުކުރެވޭ ކަމެއް ނެތެވެ. ސަރުކާރުން ބުނާ ގޮތުން އައިޖީއެމްއެޗުން ހުރިހާކަމެއް ވެސް ކުރެވެއެވެ. އެހެން ނަމަވެސް ހަގީގަތަކީ އައިޖީއެމްއެޗުން ފަރުވާކޮށްގެން މަދު މީހަކު ނޫނީ ބައްޔައްކުން އަރައިގަނެވިފައެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. 

ވަކިބަލި ބައްޔަށް ހާއްސަ ޑޮކްޓަރުން ތިބެނީ ކޮންމެ ދާއިރާއަކުންވެސް ދެތިން މީހެކެވެ. އެއިން މީހަކަށް އެޕޮއިންޓްމަންޓެއް ލިބޭނީ ހުކުރު ހައްޖުވާ ހެންނެވެ. އެއްފަހަރުން އަނެއް ފަހަރަށް ޑޮކްޓަރަށް ދެއްކެނީ މަސް ދެމަސް ވާފަހުންނެވެ. ޑޮކްޓަރަށް ދެއްކިގެން ފަރުވާކުރުމަށް ފެށުމުގެ ކުރިން ފަރުވާދޭ ޑޮކްޓަރު ދައްކަން ބުނާ ގުޅުން ހުރި ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ނުލިބިގެން ނުދެއްކި އެތައް ދުވަހެއް ދެއެވެ. އަނެއްކޮޅުން ލިޔެދޭ ބޭހެއް ލިބޭކަށް ނުހުރެއެވެ. އޮޕަރޭޝަނެއް ކުރަންޖެހިއްޖެއްޔާ ތިއޭޓަރެއް ނުލިބެއެވެ. އެޑްމިޓްކުރަން ބެޑެއް ނުލިބެއެވެ.

މަދު ބައްޔެއްގައި ނޫނީ ވަކި ބައްޔަކަށް ހާއްސަ ޑޮކްޓަރަކަށް ދެއްކޭނެ ދެވަނަ އޮޕްޝަނެއް ނޯވެއެވެ. ރާއްޖޭގެ ނިޒާމުގެ ތެރޭގައި ތާށިވެގެން ފަރުވާކުރަން އުޅޭ މީހާއަށް ފަރުވާ ނުކުރެވި ދިގުލައިގެން ގޮސް ބަލިބޮޑުވެ ފުރާނައަށް ނުރައްކާވާއިރުވެސް ރާއްޖޭން ކުރެވޭ ކަމަކަށް ވެގެން ބޭރުން ފަރުވާ ހޯދަން އާސަންދަ ދިނުމަކީ އޮންނަނީ ހަރާން ކަމަކަށް ހަދާފައެވެ. 

އާސަންދަ ލިބިގެން ބޭރަށް ފޮނުވާ ބަލިމީހާވެސް އާސަންދައިގައި ތާށިވެ ލިބެންހުރެ ފަރުވާ ނުލިބި މަރަށްތެޅުން މިހާރު ވަނީ އާއްމުކަމަކަށް ވެފައެވެ. ވަކި ބައްޔަކަށް ފަރުވާކުރަން އަސަންދަ ދީފައި ރާއްޖޭން ބޭރަށް ފޮނުވާ ބަލިމީހާއަށް ފަރުވާކުރާ ޑޮކްޓަރ ބައްޔަށް ފަރުވާކުރުމުގެ ތެރޭގައި ކަށަވަރު ކުރަން ބޭނުންވާ ކަންކަން ބެލުމަށް ދައްކަން ބުނާ އެހެން ދާއިރާއެއްގެ ހާއްސަ ޑޮކްޓަރަކު ހައްދަން ބުނާ ޓެސްޓެއް ދޭ ބޭހެއް ގިނަ ފަހަރު އާސަންދައިން ކަވަރެއް ނުކުރެއެވެ. 

މިސާލެއްގެ ގޮތުން ކެންސަރުގެ ބަލިމީހަކަށް ފަރުވަދޭ ޑޮކްޓަރ އެދުމުގެ މަތިން ހިތުގެ ޑޮކްޓަރަކަށް ނުވަތަ ގޭސްޓްރިކް ޑޮކްޓަރަކަށް ނުވަތަ ފުއްޕާމޭގެ ޑޮކްޓަރަކަށް ދެއްކުމުން އެ ޑޮކްޓަރަކު ހަދަންދޭ ޓެސްޓްތަކާއި ނަގަން ބުނާ ބޭސް އާސަންދައިން ކަވަރެއް ނުކުރެއެވެ. ކެންސަރުގެ ފަރުވާ ކުރިއަަށް ދާން އޮތީ އެކަންކަން ކޮށްގެން ކަމަށް ވިޔަސް ވަރިހަމައެވެ. ސިދާ ކެންސަރާ ގުޅުން ހުރި ޓެސްޓާއި ބޭހަށް ނުވާތީ އާސަންދަ ނުލިބިގެން ކެންސަރުގެ ފަރުވާއަށް ހުރަސް އެޅިފައިތިބި އެތައް ބަޔަކު ރާއްޖޭން ބޭރުގައި އާސަންދައިގެ ދަށުން ފަރުވާއަށް ގޮސް މަރަށް ތެޅިތެޅި އެބަތިއްބެވެ. 

އާސަންދަ ފިއްތާލައިގެން ބަލިމީހުން މަރަށްތެޅުނަސް ސަރުކާރުގެ ހަރަދުގައި ފުލުފުލުގައި މުއިއްޒު ދަތުރު ދިއުމާއި ޝިއުނާއާއި މަލްޝާމެން ކަހަލަ އެތައް ބަޔަކަށް ކޮންމެ މަހަކު ލައްކަ ލައްކައި މުސާރަ ދެވެނިކޮށް މުއިއްޒަށް ވަރިހަމައެވެ. 

]]>
Fri, 17 Oct 2025 16:02:58 +0500 އެޑިޓަރ
އެމްޔޫ މަނިކު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު: ރައީސް ސޯލިހު https://heerasnews.com/3504 https://heerasnews.com/3504 ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް އަދި ޒަމާނީ ކުރިއެރުންތައް ގެނެސްދެއްވި އެއް ބާނީ ކަމުގައިވާ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެވެރި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު އެހެން ވިދާޅުވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމުގެ ހިތާމައިގައި އެކްސްގައި ކުރެއްވި ތައުޒިޔާގެ ޕޯސްޓްގައެވެ.

މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވި ހިތާމާގައި އެމަނިކުފާނާއި އާއިލާ ބައިވެރިވެ ވަޑައިގެން ތައުޒިޔާ ދަންނަވާކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހު ވިދާޅުވީ "އެމްޔޫ މަނިކަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން ދިވެހި ދައުލަތަށްވެސް 19 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޚިދުމަތް ތެރިއެއް" ކަމަށެވެ. އިޖްތިމާޢީ ދާއިރާއިންވެސް ގައުމަށް ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅެއް، ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހާއްސަކޮށް ސިއްހީ ދާއިރާ އަށާއި ތައުލީމީ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތައް ރައީސް ސޯލިހު ފާހަގަ ކުރައްވައެވެ. އެގޮތުން އެމްޔޫ މަނިކަކީ މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށް މީހުން ބިނާކުރުމަށް ވަރަށް ގިނަ ބަޔަކަށް ދީލަތި އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދެވި ބޭފުޅެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދުޢާ އަކީ މާތް الله ޢާއިލާއަށް ކެތްތެރިކަން ދެެއްވާ މަރްޙޫމް މުހައްމަދު އުމަރު މަނިކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން" ކަމަށް ޕޯސްޓް ނިންމަވާލައްވަމުން ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. 

]]>
Sat, 30 Aug 2025 11:44:46 +0500 އެޑިޓަރ
ކެންސަރަށް ފައްސިވުމުން ދިމާކުރީ ލެބޯޓްރީ ރެޓަކަށް ހަދަން! https://heerasnews.com/3238 https://heerasnews.com/3238 އުމުރުން ތިރީހަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖެވެ. އެވްރެޖް ސައިޒަށްވުރެ ހަށިގަނޑުގެ ބުރަދަން މައްޗެވެ. މީހަކާ އިނދެގެން ތިން އަހަރު ވީއިރުވެސް ކުއްޖަކު ނުލިބެއެވެ. ތަކުރާރުކޮށް މެދުނުކެނޑި އިއިޖީއެމްއެޗުން ޑޮކްޓަރަށް ދައްކައެވެ.

އައިޖީއެމްއެޗްގައި އިންތިޒާމް ވެފައި އޮންނަ އުނދަގޫ ކިޔޫ ތަރުތީބުގެ ތެރެއިން ސްޕެސަލިސްޓެއްގެ އެޕޮއިންޓްމެންޓް ހޯދުމަކީ މަރުފުށު ކަމެކެވެ. އެގޮތަށްވެސް ވަކިއެއް ސްޕެސަލިށްޓަކަށް ދެއްކޭ ގޮތެއް ނޯވެއެވެ. އެކިފަހަރު ދެއްކެނީ އެކި ޑޮކްޓަރުންނަށެވެ. އެތައް ދުވަހަކު ވޭޓްލިސްޓްގައި އޮވެ އެޕޮއިންޓްމެންޓް ލިބިގެން ދެއްކި ދެއްކުމުން ދަރިމައިވުމުގެ ނިޒާމްގައި ސިސްޓް ހުންނަކަން ޑައިގްނޯސްވިއެވެ.

ޑޮކްޓަރުންނަށް އެކަން ދެނެގަނެވުނުތާ ދެ އަހަރު ވީއިރުވެސް އެކަން ހައްލުކުރުމަށް އެކަށީގެންވާ ފަރުވާއެއް ނުދެއެވެ. ހަގީގީ މައްސަލައަށް ފަރުވާނުކޮށް އަންގަމުން ދިޔައީ ބަރުދަން ލުއިކުރުމަށެވެ. އެގޮތުގައި ދެއަހަރެއްހާ ދުވަސް ވީފަހުން ހާލު ބޮޑުވެގެން ޑޮކްޓަރަށް ދެއްކުމުން ޖެހުނީ ވަގުތުން ޑީއެންސީއެއް ހަދާށެވެ. ހެދި ޑީއެންސީގެ ބަޔޮޕްސީ ސާމްޕަލް ނަތިޖާއިން އެނގުނީ ކެންސަރަށް ފައްސިވެފައިވާކަމެވެ. 

ދޭންޖެހޭ ފަރުވާނުދެވި އައިޖީއެމްއެޗްގެ އިހުމާލުން ބަލިމީހާ ކެންސަރަށް ފައްސިވުމުން ދެން ދިމާކުރީ ބަލިމީހާ ލެބޯޓްރީ ރެޓަކަށް ހެދުމަށެވެ. ކެންސަރަށް ރާއްޖޭން ފަރުވާކުރެވޭނެ ކަމަށްބުނެ ތަޖުރިބާ މަދު ޑޮކްޓރުން ތަމްރީނު ހަދަން ބޭނުންކުރާ ވަސީލަތަކަށް ބަލިމީހާ ހެދުމަށެވެ. ދުނިޔޭގެ ކޮންމެ ތާކަށް ދިޔަސް އެމީހުނަށް ނުވިކަމެއް އެހެން މީހުންނަކަށްވެސް ނުވާނެކަމަށް ބުނެ މަ މޮޅުކަން ދައްކާށެވެ. 

ހަގީގަތަކީ ބަލިމީހާ ކެންސަރ ޕޭސެންޓަކަށްވީ އައިޖީއެމްއެޗުގެ އިހުމާލުންނެވެ. ހަގީގީ މައްސަލައަށް ފަރުވާ ނުކޮށް ދިގު ދެންމުމުގެ ސަބަބުންނެވެ. ބަލިމީހާ ކެންސަރަށް ޕޮޒިޓިވް ވުމުންވެސް ރިކަވަރ ކުރެވޭ ހާލަތުގައި އޮއްވާ އެކަން ކުރަންވެސް ފުރުސަތު ނުދެއެވެ. ރާއްޖެއިން ވާނެއޭ ކިޔައިގެން ހިފަހައްޓަ ހިފަހައްޓާފައި ގޮތް ހޮސްވީމާ ރާއްޖޭން ބޭރަށް ފޮނުވާލާއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. 

ކޮންމެ ރައްޔިތަކީ ކިތަންމެ ހާލު ބޮޑުވިޔަސް ވަގުތުން ފުރައިގެންގޮސް ބޭރުން ފަރުވާހޯދޭ ވަރުގެ ބައެއް ނޫނެވެ. އެހެންކަމުން ބަލީގެ ކުރީކޮޅު ތަޖުރިބާ ކާރު ޑޮކްޓަރުންނާ ހަމައަށް ގޮސް އެކަށީގެންވާ ފަރުވާ ކުރެވޭނެ ގޮތް ސަރުކާރުން ހަދާ ދޭނަމަ ދައުލަތުން ހިނގާ ހަރަދު ކުޑަވެފައި ތަކްލީފް ކުޑަވާނެއެވެ. ބަލިމީހާ ވޭނުގައި އުޅެން ޖެހޭޖެހުން ކުޑަވެފައި ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެއެވެ. އެހެންނަމަވެސް ސަރުކާރުގެ ވިސްނުން ހުންނަނީ ދިމާ އިދިކޮޅަށެވެ.  

]]>
Sat, 12 Apr 2025 11:14:57 +0500 އެޑިޓަރ
މީހެއްގެ ލޯކަނުކޮށްލިއިރު މުއިއްޒު ހުރީ ލޯމަރައިގެން! https://heerasnews.com/2842 https://heerasnews.com/2842 ޑރ. މުއިއްޒު ސަރުކާރުގެ ނާގާބިލުކަމާއި ގައިރު ޒިންމާދާރުކަން ފެންނަނީ އެއްކަމަކުން ދެކަމަކުން ނޫނެވެ. އާސަންދަ ނިޒާމު ފޫވެއްޓި ބޭސްފިހާރަތައް ބަނގުރޫޓްވެ ބޭސްލިބުން ދަތިވެއްޖެއެވެ. ރައްޔިތުންނަށް ބޭސް ފަރުވާކުރުން ބޮއްސުންލައިގެން ގޮސް ސަރުކާރު ހޮސްޕިޓަލްތަކުގެ އިހުމާލުން މީސްމީހުންގެ ފުރާނަ ދިއުމާއި ލޮލުގެ ފެނުން ގެއްލިދިޔުން ފަދަ އެތައް ކަމެއް އަންނަނީ ކުރިމަތިވަމުންނެވެ. 

ހުސްވިމަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އިހުމާލުން އިސްރަށްވެއްސެއްގެ އެއް ލޮލުގެ ފެނުން ވަނީ ގެއްލުވާލާފައެވެ. ލޮލުގެ ފުސް ކެހުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އޮޕަރޭޝަންކުރި އައްޑޫ ސިޓީ ފޭދޫ ކީރަންމާގެ، އަބްދުއްލާ އިބްރާހީމް (86އ)ގެ އެއްލޮލަށް ފެނުން ވަނީ މަހުރޫމްކޮށް ލާފައެވެ. އޭނާގެ ލޮލުން ފުސް ކެހުމަށް އޭއީއެޗުން އޮޕަރޭޝަންކޮށްފައިވަނީ ހުސްވި މަހުގެ 29 ވަނަ ދުވަހުއެވެ.

އަބްދުއްލާ އިބްރާހީމަކީ ނޭވާހިއްލުމުގެ މައްސަލަ ދިމާވާ އުމުރުން ދުވަސްވީ މީހެއްމީހެއް ކަމުން ލޮލުގެ އޮޕަރޭޝަން ކުރުމުގެކުރީން އޭނާގެ ސިއްހީ ހާލަތު އާއިލާއިން ހޮސްޕިޓަލާ ހިއްސާކުރިއެވެ. އަބްދުއްލާ އިބްރާހީމަކީ އޭގެކުރިން މާލޭ އައިކެއަރއިން އެއްވެސް މައްސަލައެއް ދިމާނުވެ ލޮލުގެ ފުސްކެހުމުގެ ފަރުވާ ހޯދާފައިވާ މީހެކެވެ. 

ބައިގަޑިއެއް ހާއިރުން ނިމޭނެކަމަށް ބުނެ އޭއީއެޗުން އޮޕަރޭޝަނަށް ވެއްދި އަބްދުއްލާ އޮޕަރޭޝަން ނިމިގެން ނެރުނީ ދެގަޑިއިރަށްވުރެ ގިނައިރު ވީފަހުންނެވެ. އޮޕަރޭޝަން ދިގުލައިގެން ދިޔަ ސަބަބެއް ކަންބޮޑުވެފައިތިބި އަބްދުއްލާގެ އާއިލާއަށް ޑޮކްޓަރ ހިއްސާއެެއް ނުކުރެއެވެ. އޮޕަރޭޝަންގެ ތެރޭގައި ކަންތައް ތަކެއް ގޯސްކޮށް ހިނގިކަން އާއިލާއަށް އެނގުނީ އޮޕަރޭޝަންގައި އުޅުނު ނަރުހެއްގެ ފުށުންނެވެ. އަބްދުއްލާގެ އާއިލާއަށް އެކަން އެގުނުއިރު އޮޕަރޭޝަންކުރި ޑޮކްޓަރ ޑިއުޓީ ނިންމާފައި ހިނގައްޖެއެވެ. 

މައްސަލަ ޖައްސާ ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ޑޮކްޓަރަށް ގުޅައިގެން ވާހަކަދެއްކުމުގެ ފުރުސަތު އާއިލާއަށް ލިބުނެވެ. އޮޕަރޭޝަންގައި މައްސަލަތަކެއް ދިމާވިކަމަށް ޑޮކްޓަރުވެސް ބުންޏެވެ. އަބްދުއްލާގެ ލޮލަށް ދެން ފެންނާނެތޯ ޑޮކްޓަރުކުރެން އާއިލާއިން އެހުމުން "ރަނގަޅުވެގެން ނޫންހޭ ފެންނާނީ." ޑޮކްޓަރު ބުންޏެވެ. 

އޮޕަރޭޝަން ތެރޭގައި ޑޮކްޓަރު އަތުން ލޮލުގެ މެމްބްރައިން ކަނޑައިގެން ދިޔަކަން އާއިލާއިން ދޫނުކޮށް ކުރި މަސްކަތުން އެނގުނެވެ. އެ ވާހަކަ ފުރަތަމަ ކުރީ ސިއްރެވެ. ހޮސްޕިޓަލްގެ މެނޭޖްމެންޓާއެކު އާއިލާއިން ބޭއްވި ބައްދަލުވުމެއްގައި ދުލިކަނޑައިގެން ދިޔަކަންވެސް ޑޮކްޓަރު ހިއްސާކުރިއެވެ. ލޮލުގެ މެމްބްރައިން ކަނޑައިގެން ދިއުމުގެ ސަބަބުން އަބްދުއްލާ ލޮލަށް ލެންސް ނުލެއްވޭކަމަށްވެސް އާއިލާއަށް ޑޮކްޓަރު އެންގީ މާފަހުންނެވެ. 

އަބްދުއްލާ އޮޕަރޭޝަން ކުރުމަށް އައްސިކުރަން އިންޖެކްޝަންޖެހި ނަމަވެސް އައްސި ނުވާކަމަށާއި އެކަން ޑޮކްޓަރަށް އެންގިކަމަށް އަބްދުއްލާ ބުނެއެވެ. ދެތިން ފަހަރަކު އައްސިކުރަން އިންޖެކްޝަން ޖެހިކަމަށާއި އެކަން އެނގެނީ ކޮންމެފަހަރަކަުވެސް ވަރަށް ބޮޑަށް ތަދުވާތީ ކަމަށް އަބްދުއްލާ ބުނެއެވެ. އަބްދުއްލާއަށް ވީތަދުން ރޯންފެށުމުން ލޮލުން ލޭ އަންނަން ފެށިކަމަށްވެއެވެ. ވާޑަށް ބަދަލުކޮށްގެން އުޅުނު އިރުވެސް އަބްދުއްލާގެ ބީޕީ ވަރަށް ބޮޑަށް މައްޗަށް ދިޔަކަމަށްވެއެވެ. މިހުރިހާ މައްސަލަތައް ދިމާވެ ބީޕީ ދަށްކުރުމަށް ބޭސް ދީގެންވެސް ދަށް ނުވުމުން އިންޖެކްޝަނެއްޖަހާފައި ގެއަށް ދޫކޮށްލީއެވެ. 

އަބްދުއްލާ ހޮސްޕިޓަލުން ދޫކޮށްލިތާ ދުވަސްފަހުން އޮކްޓޫބަރ03 ވަނަ ދުވަހު ޑޮކްޓަރު ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތްކަމަށާއި ހީލްވަމުންދާ ކަމަށް ބުންޏެވެ. އެހެންނަމަވެސް ހީލްވަމުންދާ އަބްދުއްލާ މާލެ ގެންދިއުމަށް ޑޮކްޓަރު ރިކޮމެންޑުކުރުމުން އާއިލާގެ މީހުންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ލޯ ހީލްވަމުން އަންނަކަމަށް ޑޮކްޓަރު ބުނި އަބްދުއްލާގެ ލޮލަށް ތަދުވެ، ލޮލުގައި އެއްޗެއް ޖެހޭކަމުގެ ތަދު އިހުސާސް ކުރެވި އޭއީއެޗުން ފުސް ކެހިލޮލުގެ ފެނުމުން އަބްދުއްލާ ވަނީ މަހުރޫމް ވެފައެވެ.

އަބްދުއްލާ މާލެގެނެސް އައިކެއާރއަށް ދެއްކުމުން ލޮލުގެ މެމްބްރައިން ކަނޑައިގެން ދިޔަތަނަށް އެއްވެސް ފަރުވާއެއް ދެވިފައި ނުވާކަމާއި ސްޓިޗްވެސް ނުކޮށް ހުރިކަމާއި ލޮލުން ލޭއަންނަނީ ސްޓިޗް ނުކޮށް ހުރުމުންކަން އެގުނެވެ. އަބްދުއްލާގެ ލޮލުގެ ކަޅިވެސް ތިރިއަށް ޖެހިފައިވާކަމާއި ފާރުގަނޑު ހުޅުވިފައި ހުރުމުން ޑަސްޓްތައް ލޮލަށް ފެތުރިފައިވާކަމާއި ފާރުގަނޑު އެއްވެސް ވަރަކަށް ފަސޭހަވެފާ ނެތްކަން އައިކެއަރއިން އަބްދުއްލާގެ އާއިލާއަށް ކަށަވަރު ކޮށްދިނެވެ. 

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުގެ އިހުމާލުން ވަނީ އަބްދުއްލާ އެއް ލޮލުގެ ފެނުން ގެއްލި ކަޅީގެ ޕޮޒިޝަން ގެއްލިފައެވެ. ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މިހާބޮޑަށް ދަށްވެ އިހުމާލުން އިއާދަނުކުރެޥޭ ވަރުގެ ބޮޑެތިދެރަ ރައްޔިތުންނަށް ލިބެމުން ދާއިރު ރައީސް މުއިއްޒާއި މުޅި ސަރުކާރު އުޅެނީ ސިޔާސީ ޗަރުކޭސް ކުޅުމުގައެވެ. ރައީސް މުއިއްޒު ސަރުކާރުގެ ނާގާބިލުކަމާއި ގައިރު ޒިންމާދާރުކަމުގެ ސަބަބުން މީސްމީހުންގެ ލޯތައް ކަނުވެ މީހުންްގެ ފުރާނަތައް ގެއްލި ދާއިރުވެސް އަޅާކަހާވެސް ނުލައެވެ.  

]]>
Mon, 07 Oct 2024 09:54:22 +0500 އެޑިޓަރ
ފެތުރޭ ރޯގާއަށް ބޭނުންވާ ބޭސްހުސްނުކޮށް ފޯރުކޮށްދެވޭ: އެސްޓީއޯ https://heerasnews.com/1684 https://heerasnews.com/1684 ހޮޑުލުމާއި ބޭރަށް ހިންގުމަށް އާންމުކޮށް ދޭ ބޭސްތަކަށް ޑިމާންޑު ބޮޑަސް އެސްްްޓީއޯއިން އެތެރެކުރާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ ކަމަށް އެސްޓީއޯ ޔާގީންކަން ދެއެވެ. މާލެ ސަރަހައްދުގެ ބޭސް ފިހާރަތަކުން ވައިރަލް ރޯގާއަށް އާންމުކޮށް ބޭނުން ކުރާ ބޭސްތައް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ހަބަރު ފެތުރަމުން ދާތީ ބޭސް ލިބުމުގެ ދަތިކަމެއް ނެތްކަން ކަށަވަރުކޮށްދިނީ އިއްޔެއެވެ.

ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ އާއެކު އެފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވާކަން އެސްޓީއޯއަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަމާ ގުޅިގެން އެ ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތް ކަން އެސްޓީއޯއިން ކަށަވަރު ކޮށްދެއެވެ. 

އެސްޓީއޯއިން ބޭސް އެތެރެކުރަމުންދަނީ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބެލިގެނެވެ. އަދި ބޭހުގެ ފެންވަރާމެދު ސުވާލެއްވެސް ނުއުފުދޭ މިންވަރަށް ވެސް ބެލިގެންނެވެ. 

ރާއްޖޭގައި މޫސުމީ ރޯގާތައް ފެތުރޭ ދުވަސްވަރުތައް ދެނެގަނެވި އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުކޮށް ފޯރުކޮށްދޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނާ ގޮތުގައި، މާލެ ސަރަހައްދުގައި ކުއްލިއަކަށް ހޮޑުލުމާއި ބޭރަށް ހިންގުން ފެތުރުންދާ އިތުރުވެފައި ވާކަން ފާހަގަ ކުރެވިފައި ވަނީ އިއްޔެ ރެއިން ފެށިގެންނެވެ. މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއަކީ ވައިރަސް އަކުން ފެތުރޭ ރޯގާއެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.  

]]>
Sat, 29 Jul 2023 12:58:16 +0500 ހީރަސްނިއުސް
ހުޅުމާލެ ހޮސްޕިޓަލްގައި އެސްޓީއޯއިން 5 ތިއޭޓަރ https://heerasnews.com/1594 https://heerasnews.com/1594 ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. މީގެ 19 އަހަރު ކުރިން ހިދުމަތްދޭން ފެށި ހުޅުމާލޭ ހޮސްޕިޓަލަށް އެކަށީގެންވާ ފުރިހަމަ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަމެވެ.

އެހެންނަމަވެސް މި ހޮސްޕިޓަލްގައި މެންޓަލް ހެލްތްގެ ހިދުމަތާއި، ކުޑަކުދީން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ ދިނުމަށް ވަކި ހާއްސަ ސެންޓަރއެއް މިހާރުވަނީ ގާއިމްކުރެވިފައެވެ. ކެންސަރުބަލީގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރު ފަދަ ތަފާތު އެކިއެކި އާ ހިދުމަތްތައް ވެސް ވަނީ ތައާރަފްކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ހިދުމަތްދެމުން ދަނީ އެންމެ އޮޕަރޭޝަން ތިއޭޓަރަކުންނެވެ. އެހެން ކަމުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ބައެއް އޮޕޮރޭޝަންތައް ކުރުމުގައި ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެފައިވެއެވެ. މިވަގުތު އިތުރުވަމުން އަންނަ ބޮޑު އާބާދީއަށް ހިދުމަތްދޭން ހުޅުމާލޭ ހޮސްޕިޓަލްގައި ހުރީ އެންމެ 17 އައިސީޔޫ އެނދެވެ. އެހެން ކަމުން އޮޕަރޭޝަން ތިއޭޓަރުގެ ދަތިކަން ފިލުވާލުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ ހައްލު ހޯދުމުގެ އަމަލީ މަސައްކަތް މިހާރު އެވަނީ ފެށިފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ ތަރައްޤީ ކުރުމުގެ މަޝްރޫޢު އެސްޓީއޯއާއި އެވަނީ ހަވާލު ކުރެވިފައެވެ. މަޝްރޫޢުގެ އެއްބަސްވުމުގައި އެސްޓީއޯއިން އެ ހޮސްޕިޓަލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދުއެވެ.

އަލަށް ޤާއިމްކުރެވިގެން މިދާ އޮޕޮރޭޝަން ތިއޭޓަރ ޕްރޮޖެކްޓްގައި 5 އޮޕޮރޭޝަން ތިއޭޓަރެއް ހިމެނޭނެއެވެ. އެގޮތުން ކަށީގެ، ލޮލުގެ، އަންހެނުންގެ ބަލިތަކަށް ހާއްސަ އަދި އާންމު ސާޖަރީތައް ހިމެނޭނެއެވެ. މިއާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ދެމުންދާ ހިދުމަތްތަކަށް ބޮޑު ކުރިއެރުން ތަކެއް ލިބިގެންދާނެއެވެ.

އެސްޓީއޯއިން ހިންގާ މި މަޝްރޫއު ނިމޭއިރު، ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ އަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތް ތަކާއިއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެން ދާނެއެވެ. މި މަޝްރޫއާއެކު އިތުރު 24 އައުސީޔޫ އެނދު ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމް ކުރެވިގެން ދާނެއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު ގާއިމް ކުރެވިފައިވާ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމަންޓަކީވެސް އެސްޓީއޯއިން ކުރިޔަށް ގެންގޮސްފައިވާ މިފަދަ ކާމިޔާބު އެއް މަޝްރޫއެވެ. 

]]>
Wed, 05 Jul 2023 11:51:48 +0500 ހީރަސްނިއުސް
ސްޓެލްކޯ ބޭސިކް ފަޔަރ އެވެއާރނެސް ޓްރެއިނިންގ https://heerasnews.com/1502 https://heerasnews.com/1502 މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވެ ތިބުމަށް މުއައްޒަފުން ތައްޔާރު ކުރުމަކީ ސްޓެލްކޯއިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވެ ތިބުމަށް އެފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް އަނެއްކާ ވެސް ޕްރޮގްރާމެއް ހިންގައިފިއެވެ.

މިފަހަރުގެ ޕްރޮގްރާމް ހިންގީ އއ. ބޮޑުފޮޅުދޫ، އުކުޅަސް، ރަސްދޫ އަދި ތޮއްޑޫ އިންޖީނުގެތަކުގެ މުވައްޒަފުންނަށެވެ.  އެމްއެންޑީއެފްގެ ސިވެކާއި ސްޓެލްކޯ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. ނިމިދިޔަ ހަފްތާ ބަންދުގައި ހިންގާފައި ވަނީ ބޭސިކް ފަޔަރ އެވެއާރނެސް ޓްރެއިނިންގ ޕްރޮގްރާމް އެކެވެ. 

]]>
Fri, 09 Jun 2023 01:13:39 +0500 ހީރަސްނިއުސް
ސްޓެލްކޯގެ މުވައްޒަފުންގެ ފަސްޓް އެއިޑް ޓްރެއިނިންގ https://heerasnews.com/1478 https://heerasnews.com/1478 މުވައްޒަފުންނަކީ އެ ބަޔަކާއި ނުލައި އެއްވެސް ވިޔަފާރިއެއް ނުވަތަ ކުންފުންޏެ ކުރިއަށް ނުދާނެ ބޮޑު އެސެޓެކެވެ. ކަންމިހެން އޮތްއިރު މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް ބޮޑު ހާއްސަ ކަމެއް ދޭންޖެހޭ ކަމެއްކަމީ އެއްވެސް ބަޔަކު ދެބަސްވާނެ ކަމެއް ނޫނެވެ.

ސްޓެލްކޯއިން ހާމަކުރާ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ސިއްހަތާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނީގެ މަސައްކަތުގެ ހައިރާކީގެ އެއްވަނާގައިވާ ކަންތަކެވެ. އެ ގޮތުން އިޔެއް އެ ކުންފުނިން ވަނީ ބޭސިކް ފަސްޓް އެއިޑް ތަމްރީނު ޕްރޮގްރާމެއް ހިންގައިފައެވެ. ތަމްރީނު ތަކުގައި މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތް ތަކަށް ހޭލުންތެރިވެ ތައްޔާރު ވުމަށް ބޭނުންވާ އިލްމާއި ހުނަރު ވަނީ ކިޔައިދީފައެވެ. މި ތަމްރިނު ހިންގާފައި ވަނީ ސްޓެލްކޯއާއި މޯލްޑިވްސް ރެޑް ކްރޮސެންޓާއި ގުޅިގެންނެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ފަސްޓް އެއިޑްގެ މުހިންމު ޓެކްނިކްތަކާއި ޕްރޮސީޖާރތައް ހިމެނޭއިރު، އެކި އެކި އިމަރޖެންސީ ހާލަތްތަކުގައި ބައިވެރިން ތިބީ ރަނގަޅަށް ތައްޔާރުވެފައިކަން ކަށަވަރު ކޮށްދިނެވެ. އަދި ޒަހަމްވުމާއި، އެނދުމާއި، ވެއްޓުމާއި، މަސައްކަތުގެ މާހައުލުގައި ހިނގާ އެހެނިހެން އާންމު އެކްސިޑެންޓް ތަކުގައި ވަގުތުން އެހީތެރިކަން ފޯރުކޮށް ދޭނެ ގޮތް ބައިވެރިން ދަސްކުރިއެވެ. މީގެ އިތުރުން ހާޓް އެޓޭކް، ސްޓްރޯކް އަދި އެލާޖިކް ރިއެކްޝަން ފަދަ އިތުރު ސީރިއަސް ހާލަތް ތަކުގެ އަލާމާތް ތަކާއި އަލާމާތްތައް ދެނެގަތުމާ ބެހޭ ގޮތުން ވެސް އިރުޝާދު ދީފައިވެއެވެ.

ސްޓެލްކޯއިން މި ތަމުރީނުތައް ހިންގުމުގެ މައިގަނޑު މަގުސަދެއް ކަމުގައި ފާހަގަކޮއްފައި ވަނީ މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި އަވަސް އަދި ހަރުދަނާ ފަސްޓް އެއިޑް ރެސްޕޮންސްގެ މުހިންމުކަން  މުވައްޒަފުންނަށް ދަސްކޮށް ދިނުމެވެ.

ސްޓެލްކޯއިން ހިންގާ މިފަދަ ތަމުރީން ތަކުން ދައްކުވައިދެނީ އެ ކުންފުނިން، އެ ކުންފުނީގެ މުވައްޒަފުންނާއި ދެމެދު ބަހައްޓާ ގާތްކަމާއި މުވައްޒަފުންނަށް އަޅާލާ މިންވަރާއި މުވައްޒަފުންގެ ދުޅަހެޔޮ ކަމަށްދޭ ސަމާލުކަމެވެ.

]]>
Thu, 01 Jun 2023 14:28:06 +0500 އުރޫ
ދިގުރަށުން މަދިރިމަދުކުރުމުގާ ސްޓެލްކޯ https://heerasnews.com/1420 https://heerasnews.com/1420 ރާއްޖެއަކީ ރުއްގަސްގިނަ ވާބޮޑު ރައްތަކެއްގެމައްޗައް އެކުލެވިގެންވާ ގައުމަކައް ވުމުގެސަބަބުން ގިނަ ތަންތަނާއި ތަކެތީގައި ފެން ހަރުލައެވެ. މިގޮތައް ތަންތަނާ ތަކެތީގައި ފެންހަރު ލުމުން މަދިރި އުފެދުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދެއެވެ. މަދިރި އާލާވުމަކީ ސިއްހީ ގޮތުން ބަލާއިރު ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. ޑެންގޫހުން ފަދަ ވަރަށް ނުރައްކާތެރި އެތައް ބައްޔެއް ފެތުރިގެންދާ ސަބަބަކަށް މަދިރި ގިނަވުން ވެއެވެ. ވީމާ މަދިރި އުފެދި އާލާވުން ކޮންޓްރޯލް ކުރުމައްޓަކައި އެކި ރައްރަށުގައި ގިނަ މަސައްކަތްތަކެއް ދަނީ ހިންގަމުންނެވެ.

އދ. ދިގުރަށުގައި މަދިރި އުފެދޭ ސަރަހައްދުތަކާއި ތަންތަން ސާފުކުރުމަށް އެރަށުގެ މުއައްސަސާތަކުން ގުޅިގެން ކުރި މަސައްކަތުގައި ސްޓެލްކޯގެ ދިގުރަށު އިންޖީނުގޭގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެ، ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކުރެވުނު ބައެއް މަސައްކަތުގެ ތެރޭގައި ބައެއް ފަޅުގޭގެއާއި، އަތިރިމަތި، މަސައްކަތު ސައިޓްތަކުގެ އިތުރުން ހުސްބިންތަކުގައި ފެންއެޅޭ ގޮތަށް ހުރިތަކެތި ވަނީ ނައްތާލެވިފައިއެވެ. މި ހިންގުނު މަސައްކަތުގެ ސަބަބުން ގިނަ ދުވަސްތަކަކަށް  މަދިރީގެ އުދަގުލުން އެރަށުގެ ރަޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މީގެ ކުރިންވެސް ސްޓެލްކޯގެ މުވައްޒީފުން ވަނީ މިފަދަ މުޖުތަމައުއާއި ގުޅުންހުރި އިޖްތިމާއި މަސައްކަތްތަކުގައި އިސްވެ އިސްނަގާފައެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ކަރަންޓާއި ފެނުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެއް ނޫނެވެ. މީގެ އިތުރުން އިޖްތިމާއީ އެކި އެކި ހިދުމަތްތައް ފޯރުކޮށް ދިނުމަކީ ވެސް އެކުންފުނީގެ އެއް އަމާޒެވެ.

]]>
Sun, 21 May 2023 20:34:03 +0500 އުރޫ
ހުސްވިމަހު އަލަށް އުފަންވި ކުދިންނަށް 243 ގިފްޓްޕެކް https://heerasnews.com/1352 https://heerasnews.com/1352 ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގައި އުފަންވި ކޮންމެ ކުއްޖަކަށް ހަދިޔާ ޕެކެއް ފޯރުކޮށްދީ ހިތްހެޔޮ ކަމުގެ މިސާލެއްދައްކުވާދީފައެވެ. 114 އަންހެން ކުދިންނާއި 129 ފިރިހެން ކުދިން ހިމެނޭ ގޮތަށް އަލަށް އުފަންވި 243 ކުދިންނަށް މި ހާއްސަ ހަދިޔާ ވަނީ ދީފައިވެއެވެ.

ގިފްޓް ޕެކް ދޫކުރެވިފައިވާ ރަށްތަކުގެ ތެރޭގައި މާލެ، ހުޅުމާލެ، ހދ. ކުޅުދުއްފުށި، ރ. އުގޫފާރު، ގދ. ތިނަދޫ، ލ. ގަން، ތ. ވޭމަންޑޫ، ސ. ހިތަދޫ، ޏ. ފޯމުލަކު ގެ އިތުރުން މ. މުލީ ހިމެނެ އެވެ. އެސްޓީއޯއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ އަމާޒަކީ އެކި ސަރަޙައްދުތަކުގެ ޢާއިލާތަކާ ހަމައަށް ވާޞިލުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދުޅަހެޔޮކަމާއި އުފާވެރިކަން ޙިއްޞާކުރުމެވެ.

މި ގިފްޓް ޕެކްތައް ތައްޔާރުކޮށްފައި ވަނީ އަލަށް އުފަންވާ ކުއްޖަކަށް ބޭނުންވާނެ ފަދަ ޒަރޫރީ ތަކެތި އޭގައި ހިމެނޭހެންނެވެ. ބެލެނިވެރިކަމުގެ ފުރަތަމަ މަރުހަލާގައި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ މި ޕެކޭޖު ތަކުން އެސްޓީއޯއިން ދޭ އަހައްމިއްޔަތުކަން އެނގިގެންދެއެވެ.

އެސްޓީއޯގެ މި އިސްނެގުމުންވެސް ދައްކުވައިދެނީ އަލައްއުފަންވާ ކުއްޖެއްގެ އުފަންވުމުގައި ބައިވެރިވުމުގެ އިތުރުން މުޖުތަމައުގެ އެއްބާރުލުމާއި އެއްބައިވަންތަކަމުގެ މުހިންމުކަމެވެ. އެސްޓީއޯގެ މި ހިތްހެޔޮކަން ވެގެންދާނީ ހަމަގައިމުވެސް ވަރަށް ގިނަ އާއިލާތަކަކައް ހިތްހަމަޖެހުމާ އުފާވެރިކަން ގެނެސްދިން މަސައްކަތަކައްށެވެ.

އޭޕްރީލް މަހު އުފަންވާ ހުރިހާ ކުދިންނަށް ހަދިޔާ ޕެކް ފޯރުކޮށްދީ، އެސްޓީއޯ އިން ވަނީ މުޖުތަމައުގެ ލާބައާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ މިސާލު ދައްކައިފަ އެވެ. ދީލަތިކަމުގެ މި ޢަމަލުން ދައްކުވައިދެނީ އަންނަން އޮތް ޖީލުތަކަށް ތަރުބިއްޔަތުކުރެވޭނެ މާހައުލެއް ޤާއިމުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކެވެ.

]]>
Tue, 09 May 2023 11:49:00 +0500 އުރޫ
ވާވު ހޮސްޕިޓަލަށް ސްޓެލްކޯގެ އެހީތެރިވުން https://heerasnews.com/1317 https://heerasnews.com/1317 ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ ރައްޔިތުންނަށާއި މުއައްސަސާތަކަށް ސްޓެލްކޯގެ އެހީތެރިކަން ފޯރުކޮށް ދެމުން ގެންދެއެވެ. އެގޮތުން ހުސްވި ހަފްތާގައި ވ. އަތޮޅު ހޮސްޕިޓަލްގެ އެދުމުގެ މަތިން ސްތެލްކޯއިން ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ފޯރުވާ ދީފައެވެ.

ވ. އަތޮޅު ހޮސްޕިޓަލްގެ ލެބޯޓަރީއަށް ގެނެސްފައިވާ ދެ ރެފްރިޖެރޭޓަރު އިންސްޓޯލް ކުރުމަށް ފެލިދޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަބަދުވެސް ލިބޭ އުފަލެއް ކަމަށް ސްޓެލްކޯ ދެކެއެވެ.

]]>
Sun, 30 Apr 2023 07:23:20 +0500 ހީރަސްނިއުސް
ވެޓަރަންސްލީގުގެ ފައިނަލް ޝަރަފްވެރި މެހެމާނަކީ ސްޓެލްކޯ ޝަރީފް https://heerasnews.com/1274 https://heerasnews.com/1274 ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ދުޅަހެޔޮކަމާއި ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުމަށް ގިނަގުނަ ހަރަކާތްތަކެއް އިޖްތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން ސްޓެލްކޯއިން އަންނަނީ ހިންގަމުންނެވެ. އެ ގޮތުން ކުޅިވަރުގެ ތަފާތު ހަރަކާތްތަކާއި އިވެންޓުތަކަށް އަމަލީ ގޮތުންނާއި ފައިސާގެ ގޮތުން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

މި އަހަރުގެ ސްޓެލްކޯ ވެޓަރަންސް ލީގުގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއެވެ. ސްޓެލްކޯއަކީ ޒިންމާދާރު ކޯޕަރޭޓް ކުންފުންޏެކެވެ. އެ ކުންފުންޏަކީ އަބަދުވެސް ކުޅިވަރާއި ކުޅިވަރު ކުޅުންތެރިންގެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ކުންފުންޏެކެވެ.

ރާއްޖޭގެ ކަރަންޓު ފޯރުކޮއްދޭ އެންމެ މައި ކުންފުނީގެ ހައިސިއްޔަތުން، ދުޅަހެޔޮ އަދި އުފެއްދުންތެރި މުޖުތަމައަކަށް ކުޅިވަރާއި ފިޒިކަލް ފިޓްނަސް ކުރިއެރުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ސްޓެލްކޯއިން ގަބޫލުކުރެއެވެ. އަދި މިފަދަ ހަރަކާތް ތަކުގައި ސްޓެލްކޯގެ މެނޭޖިނގް ޑިރެކްޓަރ ޝަރީފް ހުންނެވުމުން ފިޒިކަލް ފިޓްނަސްއާއި ކުޅިވަރު ކުރިއެރުއްވުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ސަމާލުކަންދޭ މިންވަރު ދައްކުވައިދެއެވެ.

ސްޓެލްކޯގެ ވެޓްރަންސް ލީގުން ހާމަކޮއްދިނީ ވަޒީފާ އަދާކުރި އަދި އަދާކުރާ ފަރާތްތަކުގެ ފިޒިކަލް ފިޓްނަސްއަށް ޓަކައި ކުޅިވަރުގެ ދައުރު ވަރަށް މުހިއްމު ރޯލެއް އަދާކުރާކަމެވެ. ސްޓެލްކޯއިން ހާމަކުރާ ގޮތުގައި މި ހަރަކާތުގެ މަގުސަދަކީ ކުޅިވަރު ކުޅުމާއި ޓީމްވޯކް ފާހަގަ ކުރުމެވެ. އަދި އެހެންމެ މި ހަރަކާތުގެ ސަބަބުން ތަޖުރިބާކާރު ކުޅުންތެރިންގެ ކުޅުމުގެ ހުނަރު ދައްކާލައި އެ ކުވެރިންނާއި ވާދަކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ.

]]>
Sat, 22 Apr 2023 23:40:41 +0500 އުރޫ
އަމްރާއެކު އެސްޓީއޯ: ދުޅަހެޔޮ ސިއްހަތުގެ މަދަދު ގަރާރު https://heerasnews.com/773 https://heerasnews.com/773 އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ ލީޑަރ ޝިޕްގެ ދަށުން ވޭތުވެދިޔަ ހަތަރު އަހަރު ހޯދާފައިވާ ކާމިޔާބިތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އެއްރޮގަށްވުރެ ގިނަ ރޮގު ރޮނގުން ދިވެހި ރައްޔިތުނަށް އެސްޓީއޯއިން ހިދުމަތްތައް ވަނީ ކޮށްދީފައެވެ. އެގޮތުން ކުރިއްސުރެ ދެވެމުންއަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދަމަހައްޓަމުން އައީ އައުކަންކަންކޮށް އައުތަޖުރިބާތައް ހިއްސާ ކުރަމުންނެވެ. ދެމުންއައި ފައިދާހުރި އެއްވެސް ހިދުމަތެއް ހުއްޓާނުލާ ފެންވަރު މަތިކޮށް ފުޅާކޮށް ބޮޑުކުރަމުންނެވެ. ލުއިފަސޭހަ ފައިދާހުރި ގޮތްތަކަށް ކަންކަން ބައްޓަންކޮށް ތަރުތީބު ކުރެވިގެންނެވެ.

ގާއިމުކޮށް ހިންގަމުންއައި ކަންކަމުގެ އިތުރަށް ދުޅަހެޔޮ ސިއްހަތައްޓަކައި އެސްޓީއޯއިން ގިނަގުނަ އެތައްކަމެއް އަމްރުގެ މޭސްތިރި ކަމުގެ ދަށުގައި ވޭތުވެ ދިޔަ ހަތަރު އަހަރު ހަމަހަމަ ކަމާއެކު ރައްޔިތުންނަށް އެސްޓީއޯ ވަނީ ފޯރުކޮށްދީފައެވެ. ކުރިއްސުރެ ކުރަމުން އައި ކަންކަމުގެ އިތުރަށް ހުސްވި ހަތަރު އަހަރު ސިއްހީ ދާއިރާގެ ކުރިއެރުމަށްޓަކައި އެސްޓީއޯއިން ވާސިލުވެފައިވާ ކުންނުތަކަށް ނަޒަރު ހިންގަލުމަކީ މުހިންމެވެ.

  • ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓިއޯ ފާމަސީ އެއް ހުޅުވާ މުޅިން އަލަށް ހިދުމަތް ދޭން ފެށިއެވެ.
  • އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އާންމުންނަށް ފަހި ކޮށްދީފައިވެއެވެ.
  • ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާރވިސެސް ޑިޕާޓްމެންޓު ސެޓްއަޕެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއަށް ފޯރުކޮށްދިނެވެ.

  • ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރއެއް އިންސްޓޯލްކޮށް ދީފައިވެއެވެ.
  • ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ހަދިޔާ ކުރިއެވެ.
  • ރާއްޖެއިން އާއްމުކޮށް ލިބެންނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކުގެ ހާއްސާ ރިކުއެސްޓުތަކަށް ރާއްޖެއިން ބޭރުން ބޭސް ގެނެވޭނެ އިންތިޒާމް ކޮވިޑް 19 ގެ ތެރޭގައި ހަމަޖައްސާ ދިން ދިނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.
  • އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތް ހަމަޖެހިގެން ދިޔުމަކީ އާއްމުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެކެވެ.
  • 2020 ވަނަ އަހަރަކީ ކޮރޯނާ ޕެންޑަމިކްގެ އަސަރު މުޅި ދުނިޔެއަށް ކުރުވި ދަތި އުނދަގޫ އަހަރަކަށްވީ ނަމަވެސް ކޮވިޑްގެ ތެރޭގައިވެސް ބޭސް ފަރުވާގެ ކަންކަމުގައި ހުއްޓުމެއްނެތި ގިނަ ގުނަ މަސައްކަތްތަކެއް ކޮށް ކޮވިޑް19ގެ ވަބާއިން އަރާގަތުމުގައި އެސްޓީއޯ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
  • ކޮވިޑް ޕޭޝަންޓުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ތާޖުއްދީން ސްކޫލުގައި 19 ބެޑްގެ ސެޓްއަޕް އެއް ކުރުމުއްދަތެއްގެ ތެރޭގައި ވަނީ ހަމަޖައްސާ ދީފައެވެ.
  • އެސްޓީއޯ މެޑިކަލްސް އިން ރީޖަނަލް ކޮވިޑް 19 ފެސިލިޓީ ތަކުގައި މެޑިކަލް އިކިއުޕްމަންޓު ހަރުކޮށްދީ، ކްރިޓިކަލް ކެއަރ ޕޭޝަންޓުންނަށް ފަރުވާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިއްބައިދިނެވެ.
  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެސްޓީއޯ ފާމަސީއެއް ހުޅުވާ ހިދުމަތްދޭން ފެށުމަކީ ވެސް ފާހަގަ ކޮށްލެވޭ ކަމެކެވެ.
  • މިނިސްޓްރީ އޮފް ހެލްތާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 96 އެމްބިއުލަންސް ގެނެސް ރާއްޖޭގެ ރަށްރަށަށް ފޮނުވާ ދެވިފައިވަކަން ފަހުރުވެރި ކަމާއެކު ފަހަގަ ކުރަމެވެ.

  • ތެރަޕިއުޓިކް ސެކްޓަރއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން 3 ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށް އެސްޓީއޯ އިން ސްޕޮންސަރ ދިފައިވެއެވެ.
  • އޭޕްރީލް 2021 ގައި މިނިސްޓްރީ އޮފް ހެލްތާއި ނޭޝަނަލް ޔުނިވަރސިޓީއާއި ޖީއީ ހެލްތުކެއަރ ގުޅިގެން އެސްޓީއޯއިންވަނީ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމަށް އެއްބަސްވެ އެ މަސައްކަތް ފެށުމަކީ ވެސް ބޮޑު ކާމިޔާބެކެވެ.
  • މެޑިކަލް ސެގްމަންޓް އާއި އެސްޓީއޯގެ ކްރެޑިބިލިޓީ އިތުރުކުރުމަށް މޮރިޝަސްގެ ކުންފުންޏަކަށް އިންޓަރނެޝަނަލް ޓްރޭޑެއް، މެޑިކަލް ސެގްމަންޓްގެ ތާރީހުގައި އަލަށް ހެދި ހެދުމަކީ ލިބިގެންދިޔަ މުހިއްމު ފުރުސަތެކެވެ.
  • އަލަށް ވިހާ ކުދިންނަށްދޭ ހަދިޔާ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި ސިޓީ ހޮސްޕިޓަލްތަކުގައި ފެށުމަކީ ކުޑަ ކާމިޔާބެއް ނޫނެވެ.
]]>
Mon, 05 Dec 2022 17:18:48 +0500 ހީރަސް
އެސްޓީއޯއަށް އެންމެ މުއައްޒަފުން ބޭނުމީ ފާމަސީތަކަށް https://heerasnews.com/710 https://heerasnews.com/710 އެސްޓީއޯއަށް މި ވަގުތު އެންމެ ބޮޑަށް މުއައްޒަފުން ބޭނުންވަނީ ފާމަސީއާ ގުޅޭ ވަޒީފާތަކަށެވެ. އެހެންކަމުން ފާމަސީއާއި ގުޅުން ހުރި ވަޒީފާތަކަށް މި ވަގުތު މުއައްޒަފުން ބޭނުންވާ ކަމަށް އެސްޓީއޯގެ ޓެލެންޓް އެކުއިޒިޝަންގެ މެނޭޖަރު ހައްވާ އިހުސާނާ ވިދާޅުވެއެވެ.

ގދ. ރަތަފަންދޫ އާއި އއ. ތޮއްޑޫ ގެ އިތުރުން މާލެއާއި ހުޅުމާލޭގެ ފާމަސީ ތަކުގައި ވަޒީފާ އަދާކުރާނެ މުއައްޒަފުން ހޯދުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ ހުޅުވާލާފައެވެ. ފުރުސަތު ހުޅުވާ ލެވިފައިވަނީ ފާމަސީ އެސިސްޓެންްޓްގެ ވަޒީފާއާއި މެކޭނިކަލް އެސިސްޓެންޓްގެ ވަޒީފާއަށެވެ. ހަމަ އެހެންމެ އެޑްމިނިސްޓްރޭޓިވް އަދި ފައިނޭންސްގެ ދާއިރާ ތަކުން އިންޓަޝިޕްގެ ފުރުސަތުވެސް އެސްޓީއޯގައި އޮތީ ހުޅުވިފައެވެ.

މިހާރު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށްދާ ނެޝެނަލް ސްކިލްސް އެންޑް އެކްސްޕޯގައި ހުންނަ އެސްޓީއޯ ސްޓޯލުން ވަޒީފާތަކާއި އަދި އިންޓާންޝިޕްއާ ގުޅޭ މައުލޫމާތު ލިބޭނެއެވެ. އެކްސްޕޯގައި މާދަމާ ހަވީރު ހަތަރަކުން ރޭގަނޑު 12 އަށް މައުލޫމަތު ދިނުން ކުރިއަށް ދާނެއެވެ،

ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ވެސް ފާމަސީތައް ގާއިމްކޮށް އެސްޓީއޯއިން ދަނީ ހިންގަމުންނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި އަސާސީ ބޭސް ލިބެން ހުންނާނެ ގޮތް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރަށްރަށުގައި ބޭސް ފިހާރަތައް ގާއިމުކޮށް ހިންގަނީ އެސްޓީއޯ އިންނެވެ.

]]>
Sat, 19 Nov 2022 00:53:22 +0500 ހީރަސް
ހެޔޮވެރިކަން: ޑައިލެސިސްގެ ހިދުމަތް އަތޮޅުތަކަށް https://heerasnews.com/635 https://heerasnews.com/635 ރާއްޖޭގައި ސިއްހީ ހިދުމަތް ދުނިޔޭގެ ފެންވަރަށް ގާއިމު ކުރެވިގެން ފައިހަރު ނުލައިގެން ބަޔަކު އުޅޭ އަޑު އެހީމެވެ. ރާއްޖޭން ބޭރަށް ބޭހަށް ދިވެހިން ދާން ނުޖެހޭނެ ކަމަށް އޭރު އެ މީހުން ކިޔެވެ. ޕީޕީއެމުން ޔާމީނުގެ މޮޅު ވާހަކަ ދައްކަމުން ނަގަނަގާފައި ޖަހަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކައެވެ. ދައުލަތުން ދަރާ ވިކިގެން ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ވުރެ ކުރިން ކުރަންޖެހޭ ސިއްހީ އަސާސީ ކަން ކަމަށް އޮތީ ބޮޑު ތަނުން އިހުމާލު ވެފައެވެ. 

ރާއްޖޭގެ އެކި އަތޮޅު ތަކުގައި ދިރިއުޅޭ މީހުން ބޭސްފަރުވާއަށް މާލެ އައިސް ތިބުން ބެންކޮކުގައި ތިބުމަށް ވުރެ ހަރަދު ބޮޑޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެހެނެއް ކަމަކު ކިޑްނީގެ ބަލި ތަހައްމަލު ކުރާ ބަލި މީހުންގެ އާއިލާ ތަކުން މާލެ އައިސް ޑައިލެސިސް ހެދުމަށް ކުރާ ހަރަދާއި އުފުލާން ޖެހޭ ވޭން ޔާމީނަކަށް އިހުސާސެއް ނުވެއެވެ. ކުޑަ މިނުން އަތޮޅު ހޮސްޕިޓަލުން އެ ބަލި މީހާއަށް ޑައިލެސިސް ހަދާ ލެވޭނެ ވަރުކޮށްލާ ނުދީ 25 ބުރީގެ އިމާރާތެއް ދަރައިގެން އެޅުމުގެ ބޭނުމަކީ ރަތްޔިތުންނަށް ހިދުމަތް ދިނުން ނޫންކަން ސާފެވެ. ސިއްހީ ހިދުމަތުން ވެސް ޔާމީނު ބޭނުންވީ ވިޔާފާރި ކުރާށެވެ.

ރައީސް ސާލިހުގެ ވިސްނުންފުޅު އެއާއި މުޅިން ތަފާތެވެ. ރައީސް ސާލިހުގެ ތަފާތަކީ ތަފާތު ނުކުރުމެވެ. އަމާޒު ހިއްޕަވާފައި ވަނީ އަސާސީ ހިދުމަތް ގާއިމު ކުރެއް ވުމަށެވެ. ކޮންމެ ރައްޔިތަކުވެސް އުޅޭ ހިސާބަކުން އަސާސީ ހިދުމަތް ކަށަވަރުކޮށް ދެއްވުމަށް ވުރެ އިސްކަމެއް އެ މަނިކުފާނުގެ ނެތެވެ. ދަރާ ވިކިގެން ވެސް އަސާސީ ހިދުމަތް ގާއިމު ކުރުމަކީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ އެންމެ ފުރަތަމަ ކަންތައްކަން ރައީސް ގަބޫލުފުޅު ކުރައްވައެވެ. 

ބ. އޭދަފުއްޓައި ޅ. ނައިފަރުގައި އަތޮޅު ހޮސްޕިޓަލު ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ކިޑްނީގެ ބަލި މީހުން އެ ދެ އަތޮޅުގައި އެހާމެ ގިނައެވެ. އެހެނަސް މި ހުރިހާ ޒަމާން ވީއިރު ޑައިލެސިސްގެ ހިދުމަތް ދޭވޭނެ ގޮތެއް އެ ތަންތާކު ނެތެވެ. ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ މަހު އޭދަފުއްޓާއި ނައިފަރުން ޑައިލެސިސްގެ ހިދުމަތް ލިބެން ފަށާނެއެވެ. ކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވެ ނިމިއްޖެއެވެ. ޑައިލެސިސްގެ ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ވެސް މިހާރު ވަނީ ތަމްރީނު ކޮށްފައެވެެ.

އޭދަފުއްޓާއި ނައިފަރުގައި ޑައިލެސިސްގެ ހިދުމަތް ދޭން ފަށާއިރު ށ. ފުނަދޫ ހޮސްޕިޓަލުގައި އެ ހިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ. ރައީސްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ހުރިހާ އަތޮޅަކުން ޑައިލެސިސްގެ ހިދުމަތް ލިބޭން ހުރުމާ މެދު ޝައްކެއް ނުކުރެވެއެވެ. ޑައިލެސިސްގެ ހިދުމަތް ކުރިން ލިބެނީ މާލޭގެ ބޮޑެތި ހޮސްޕިޓަލުތަކުނެވެ. އެހެން ނަމަވެސް އައްޑޫއާއި ކުޅުދުއްފުއްޓާއި ގދ.ތިނަދޫގައި ޑައިލެސިސްގެ ހިދުމަތް މިހާރު ލިބެން ހުރެއެވެ. 

]]>
Sun, 30 Oct 2022 17:50:01 +0500 ހީރަސް