Maldives Real Time Facts & : ގައުމީވެށި https://heerasnews.com/rss/category/ގައުމިއްޔަތު Maldives Real Time Facts & : ގައުމީވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) ހިތަދުއަށް ޖަހާ ގޫގްލް ކޭބަލްކްލިޕުން ރާއްޖެއަށް އޮތީ ކޮންމޮޅެއް! https://heerasnews.com/3692 https://heerasnews.com/3692 ގޫގުލްގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އައްޑޫ ސިޓީ ހިތަދޫގައި ބީއްސާލުމުން ރާއްޖެއަށް ވާނެ ސީދާ މަންފައަކީ ކޮބައިކަމެއް ސަރުކާރާއި ގޫގްލުއިން ހާމަކޮށްފައެއް އަދިނެތެވެ. އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމުން ގޫގުލްގެ ހިދުމަތް ހޯދާ އެހެން މީހުނަށް ނުލިބޭ ރާއްޖެއަށް ލިބޭނެ ސީދާ ފައިދާއަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް އެގެން ޖެހެއެވެ. 

ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރ ކުރައްވާފައިވާ އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވާ ގޮތުން ގޫގުލުން އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމުން ރާއްޖެއިން އަމިއްލައަށް ނެގެން އޮތް ބޮޑު ފައިދާއެއް ގެއްލިގެންދާނެއެވެ. އިންޑިއާ ކަނޑުގެ އަޑީން ދެބައްރު ގުޅުވާލަން އަޅާ ކޭބަލް ވިއުގައެއްގައި ކްލިޕް ޖަހާލަން ދިވެހި ނަމެއް ކިޔައިގެން ކްރިސްމަސް އައިލެންޑާއި ހިތަދޫ ސިޓީ ބޭނުންކޮށްލާ ކޮށްލުމުން ރާއްޖެއަށް އޮންނާނީ ކޮން ފައިދާއެއް ހެއްޔެވެ. 

ސަބްމެރިން ކޭބަލް އަޅާ އައިސީޓީ ހަބަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ފަށާފައި ވަނިކޮށް އެ މަޝްރޫއު ވަޅުޖައްސާލާ ގޫގުލަށް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމަށް ފުރުސަތު ދިނުމަކީ ރާއްޖެ އަކީ މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ހެދުމަށް އޮތް ފުރުސަތު ގެއްލިގެން ދާނެކަމެކެވެ. ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރަން ބޭނުންވެގެން ގޫގުލުން ކުރިންވެސް ހުށަހެޅިއެވެ. ގޫގުލުގެ ހުށަހެޅުމަށް އެއްބަސްނުވެ ރާއްޖޭގެ ކޮންޓްރޯލް އޮތް ސަބްމެރިން ކޭބަލެއް އަޅައިގެން ރާއްޖެ އައިސީޓީ ހަބަކަށް ހެދުމުގެ މަސައްކަތް ފެށީ އެގޮތުގައި ރާއްޖެއަށް އޮތް ފައިދާ ބޮޑުކަމުންނެވެ. 

އެފްރިކާއާއި މެދުއިރުމައްޗާއި އޭޝިއާ އާއި އޮސްޓްރޭލިއާ ގުޅުވާލަދޭ މައި ހަބަށް ރާއްޖެ ހެދުމުގެ މަސައްކަތް ފެށިފައި އޮއްވާ ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވާކް ފެސިލިޓީ ތަރައްގީކޮށް ހިންގުމުގެ ބާރު ގޫގުލަށް ދިނުމުން ރާއްޖެއަށް ލިބެން އޮތް އެތައް ފައިދާއެއް ގެއްލިގެން ދާނެއެވެ. ކުރީ ސަރުކާރުން އިންވެސްޓުކޮށްގެން ރާއްޖެއަށް ގެނައި ސަބްމެރިން ކޭބަލް އަކީ ފްރާންސުގެ މާސޭއިން ފެށިގެން ސިންގަޕޫރާ ހަމައަށް ދެމިގެންދާ 'އައިއޭއެކްސް-އައިއީއެކްސް' ކޭބަލެކެވެ.

ރާއްޖޭގެ އިގުތިސޯދު ސިންދަފާތު ކުރުމަށް ހުޅުވުނު ދޮރެއް ބަންދުކޮށް ގޫގުލުން ކޭބަލް ކްލިޕް ޖަހާތަނަކަށް ރާއްޖެހެދުމަކީ ރައީސް މުއިއްޒަށް ކުރެއްވޭ މޮޅުކަމެއް ނޫނެވެ. މިވަރުކަމެއް ކުރާއިރު ކޭބަލް އާއި ސްޓޭޝަންތަކުގެ މިލްކުވެރިކަން ލިބެނީ ރާއްޖެއަށްކަން ނުވަތަ ނޫންކަން ރައްޔިތުންނަށް އެގެން ޖެހެއެވެ. ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ރައްކާތެރިވަނީ ކިހިނަކުންކަމާއި ރާއްޖެއަށް ލިބެނީ ކޮން އެއްޗެއްކަންވެސް ރައްޔިތުންނަށް ސާފުވާން ޖެހެއެވެ. 

]]>
Wed, 19 Nov 2025 15:24:59 +0500 އެޑިޓަރ
ގޭންގެއް ނެތް & އުތުރުން ދެކުނަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތް! https://heerasnews.com/3691 https://heerasnews.com/3691 ގޭންގަކީ "އިން ތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕެއް" ކަމަށް ރާއްޖޭގެ ގާނޫނު ބަޔާން ކުރެއެވެ. ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށް ވުރެ ގިނަ ކުށް ކުރުމަށް ނުވަތަ އެނޫން ވެސ ޖިނާއީ ކުށްކޮށްގެން ސީދާ ގޮތެއްގައި ވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް މާލީ ނުވަތަ އެނޫން ވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތް ކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކީ ގޭންގެއް ކަމަށް ސާފުކޮށް ގާނޫނު ބުނެއެވެ. ގޭންގްގެ މާނައިގެ ތެރޭގައ،ި ގޭންގު، ކްރިމިނަލް އެންޓަޕްރައިސް، ކްރިމިނަލް ސިންޑިކޭޓް އަދި އެނޫން ވެސް ގްރޫޕްތައް ހިމެނޭ ކަމަށް ގާނޫނު ބުނެއެވެ. 

ގާނޫނުގައި އެހެން އޮވެމެ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން ރާވައިގެން ކުށްކުރާ ގްރޫޕްތައް މެދުނުކެނޑި ރާއްޖޭން ފެނުނަސް  ރައީސް މުއިއްޒު ވިދާޅުވާ ގޮތުން ރާއްޖޭގައި ގޭންގެއް ނެތެވެ. އެކަމަކު ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވެއެވެ. 

ޑރ. ޖަމީލު ވިދާޅުވަނީ ގައުމެއްގެ ރައީސަކު މިހާ ގައިރު ޒިއްމާދާރު ވާހަކަ ދެއްކުމަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. " ގޭންގެއް ނެތް، އެކަމަކު ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތް" ކަމަށް ޖަމީލު ވިދާޅުވިއެވެ. މިސާލު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވަނީ "އެއަރޕޯޓުން ރޯމާ ދުވާލު ބޮޑަތި ޢަދަދުގެ ފައިސާ ފޭރެނީ. މީހުން ގޮތްނޭގޭ ގޮތަށް މަރަނީ" ކަމަށެވެ. 

ގޭންގަކީ ފައިސާއާއި ބާރާއި ރެކޮގްނިޝަނާއި ނުފޫޒު ފަދަ ތަފާތު އެކި މަންފާތައް ހޯދުމަށް ތަފާތު އެކިކަހަލަ ހަރަކާތް ހިންގަން އިންތިޒާމުވެފައިވާ ކުށް ކުރާ ޖަމާއަތަކަށް ކިޔާ ޖުމްލަ ނަމެވެ.

ބައެއް މީހުން ސިފަކުރާ ގޮތުގައި ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ނުރައްކާތެރިކޮށް ރާއްޖޭގައި އޮޕަރޭޓްކުރެވޭ އެންމެ ބޮޑު ގޭންގަކީ ޕީއެންސީ އެވެ. ޕީއެންސީ ހިމެނޭނީ އޯގަނައިޒް ކްރައިމް ހިންގުމުގައި ކުރިން އޮތްކަމަށް ބުނާ ގޭންގްތައް ސުޕަރސީޑް ކޮށްފައިވާ ނުރައްކާތެރި ޖަމާއަތުގެ ގޮތުގައި ކަމަށް ދެކޭ މީހުން މަދެއްނޫނެވެ.

އެހެން ކަމުން ގޭންގް ކުށްތައް މަނާކުރާ ގާނޫނު އުވާލާ ގޭންގުތައް ކަނޑައެޅުމަށް، ކަނޑައަޅާފައިވާ އިޖުރާއަތްތައް ވެސް ހުއްޓާލާ، ގޭންގު ކަމަށް ނިސްބަތްވާ މީހުންގެ ބޮލުގައި އަޅުވާފައިވާ ގޭންގު ސިއްކަ ނަގާ މިނިވަން ކުރުމަށް ގޭންގް ނެތްކަމަށް ހެދުން ނޫން ގޮތެއް ރައީސް މުއިއްޒަށް ނެތުނީތާއެވެ.

]]>
Wed, 19 Nov 2025 13:50:24 +0500 އެޑިޓަރ
ލާރިއާއި މަގާމަށް ސިޔާސީ ނިންމުމެއް ނުނިންމަން: ރޮޒޭނާ https://heerasnews.com/3688 https://heerasnews.com/3688 އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގެ ރައީސްކަމާއި އެމްޑީޕީގެ ލީޑަރކަން އެތައް ދުވަހަކު ކުރެއްވި ބޭފުޅަކު އިދިކޮޅަށްވުރެ އިދިކޮޅުވެވަޑައިގެން ޕާޓީ ދޫކުރައްވާ ރޫޅާލައްވަން ނިކުމެވަޑައިގަތް ނިކުމެވަޑައިގަތުން ގޯސްނުވެ ރޮޒޭނާ ޕާޓީ ބަދަލުކުރައްވަން އުޅުއްވާކަމަށް އަޑުފަތުރައިގެން ހާސިލްވާނެ އެއްވެސް އެއްޗެއް ނުއޮންނާނެއެވެ. ފިކުރެއް ދިރުވަންއުޅެ ނުދިރިގެން ރޫޅާލަން ނިކުމެގެން ނުރޫޅިގެން އަނބުރާ ނެގި ގާގަޑަށް ބޮލި އެރިޔަސް ދެގޮތެއްނުވެ އެމްޑީޕީ ދިފާއު ކުރަން އުޅުނު ހީވާގި މެންބަރުން އެކަހެރިކުރަން ހީލަތްތެރި ހަމަލާތައް ސިޔާސީގޮތުން ދީގެންވާނެ މޮޅެއް ނުއޮންނާނެއެވެ. 

މޭޔަރ އާދަމް އާޒިމާއި ރޮޒޭނާ އާދަމް ފަދަ ހިދުމަތްތެރި މެންބަރުންނަކީ އެމްޑީޕީ ބައެއް ނޫންކަމަށް ދައްކަން ހުއްޓާނުލާ ވަކި ބަޔަކު ކުރާ މަސައްކަތް ހުއްޓާލަން އެބަޖެހެއެވެ. އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުއްލާ ޝާހިދާއި ރޮޒޭނާ އާދަމް ފަދަ ބޭފުޅުންނަކީ ޑީއާރުޕީން ކަމަށް ބުނެ ފިތުނަ އުފައްދާ މީހުނަށް އަލީ އާޒިމަކީ ޑީއާރުޕީ މީހަކަށް ނުވާކަމީ އެހެން އެވާހަކަ ފަތުރާ މީހުންގެ ނިޔަތުގެ ނުބައިކަން އަންގާދޭ ހެއްކެކެވެ. 

ހަގީގަތަކީ އެއީ ނޫންކަން ރޮޒައިނާގެ ތާރީހުން އެކަނިވެސް ސާފުވާނެއެވެ. ރޮޒޭނާ ވިދާޅުވާހެން އެމްޑީޕީއަށް ރޮޒޭނާ އާދަމް ސޮއި ކުރެއްވީ ރައީސް ޔާމީން ވެރިކަމަށް ހުވާ ކުރެއްވިތާ މަހެއް ވެސް ނުވަނީހެވެ. ރޮޒޭނާ ފަދަ ކެރޭ ހިއްވަރުގަދަ ކަނބަލެއް އެމްޑީޕީއަށް އެންމެ ބޭނުންވީ ދުވަހުއެވެ. އެ ދުވަހަކީ އެމްޑީޕީއިން މީހަކަށް ކަމެއް ކޮއްދެވެން އޮތް ދުވަހެއް ނޫނެވެ. 

ޑީއާރުޕީން ސިޔާސީ ދަނޑަށް ނިކުމެ ވަޑައިގެން ރޮޒޭނާ އާދަމް ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގަތީއްސުރެ އެމްޑީޕީގެ ހިދުމަތުގައި އުޅުއްވީ އެމްޑީޕީ އުފެދުނީޢްސުރެ އެމްޑީޕީގައި އުޅުނު ގިނަ މެންބަރުންނަށްވުރެ މާ ބޮޑަށެވެ. މާ ހިދުމަތްތެރިކޮށެވެ. މާ ހީވާގިކޮށެވެ. މެންބަރުންނާއި ރައްޔިތުންގެ ލޯބި ހޯއްދަވައިގެންނެވެ. 

ރައީސް ޔާމިނުގެ ވެރިކަމުގައި ހިނގާދިޔަ އަނިޔާއާއި ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް އެމްޑީޕީ ތެދުވެ އަޑުއުފުލީ އިސް ސަފުގައި ރޮޒޭނާ ވެސް ހުންނަވައިގެންނެވެ. ޔާމީނު ވެރިކަމުގައި އެމްޑީޕީގެ ރެލީތަކާއި މުޒާހަރާތަކުގައި އެންމެ ބާރަށް އިވޭ އެއްއަޑަކީ ރޮޒޭނާގެ އަޑެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑިޕީގެ ސިޔާސަތުތައް ދިފާއުކޮށް އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ހައްގުބަސް ބުނުމުގައި ދެގޮތެއް ނުވެ ދެމިހުންނެވިއެވެ. 

އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީގެ ލީޑަރޝިޕްގައި ތިބި ބަޔަކު އެމްޑީޕީ ރޫލާލާ އެމްޑީޕީގެ ވެރިކަން ހަރާބުކުރުމަށް ކުރި މަސައްކަތާ ދެކޮޅަށްވެސް އެމްޑީޕީގެ ދިފާއުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ރޮޒޭނާއެވެ. އެމްޑީޕީ ދިފާއު ކުރެއްވުމުގައި ކުރިމަތިވެ ވަޑައިގަންނަވާ ފުރައްސާރައާއި ބަދުނާމަށް ނުބައްލަވާ އެމްޑީޕީއާއި އެމްޑީޕީ ސަރުކާރު ދިފާއު ކުރެއްވުމުގައި ރޮޒޭނާ ދެމިހުންނެވިއެވެ. 

އެމްޑީޕީ ސަރުކާރު އޮތް އިރުވެސް ރޮޒޭނާ ހުންނެވީ ޕާޓީން ދިން މަގާމެއްގައެއް ނޫނެވެ. ރައްޔިތުން ވޯޓުދިން އިންތިހާބީ މަގާމެއްގައެވެ. އަނެއްކޮޅުން ރޮޒޭނާ އެމްޑީޕީގެ ހިދުމަތުގައި ރައްޔިތުންގެ މަޖިލީހުގައި ހުންނެވީ ބޭނުން އިރަކު ޕާޓީ ބަދަލުކުރުމުގެ ހިފެހެއްޓުމެއްނެތް ފުރުސަތު އޮވެއެވެ. ރިޝްވަތުގެ ހުތުރު ފައިސާގައި ހިފައިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ޕީއެންސީއަށް ބަދަލުވީ އިރުވެސް ރޮޒޭނާ ހުންނެވީ ސާބިތުކަމާއެކު އެމްޑީޕީގައެވެ. ޕާޓީ ބަދަލެއް ނުކުރައްވައެވެ. 

އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްތަރކަން ކުރެއްވި މަހުލޫފު ފަދަ ބޭފުޅަކު އެމްޑީޕީ ދޫކުރައްވާ ވެރިކަންކުރާ ޕާޓީއާއި ދާދިފަހުން ގުޅިވަޑައިގަތުމަކީ ރޮޒޭނާ އެމްޑީޕީ ދޫކުރައްވާ ޕީއެންސީއާއި ގުޅިވަޑައިގަންނަވާނެ ކަމަށް ދެކެންޖެހޭ ސަބަބެއް ނޫނެވެ. ގިނަ އަދަދެއްގެ ފައިސާއާއި ބޭނުން މީހަކަށް ސިޔާސީ މަގާމު ހޯދާދެވެން އޮވެ ޕާޓީ ބަދަލުނުކުރެއްވި ހިތްވަރުގަދަ ރޮޒޭނާ ޕާޓީ ބަދަލުކުރައްވާ ވާހަކަ ދައްކަނީ އެމްޑީޕީން ރޮޒޭނާ އެކަހެރި ކުރަން ބޭނުންވެގެން އުޅޭ ބައެކެވެ. މިވަގުތު މި ސަރުކާރުގެ ކަންކަން ހުރިގޮތުންވެސް ރޮޒޭނާ މި ސަރުކާރަށް ތާއީދުކުރަންޖެހޭ ސަބަބެއްނެތްކަމަށް ސާފު ބަހުން ރޮޒޭނާ އެގެންދަވަނީ ވިދާޅުވަމުންނެވެ. ލާރިއާއި މަގާމަށް ސިޔާސީ އެއްވެސް ނިންމުމެއް ރޮޒޭނާ ނުނިންމަވައެވެ. 

]]>
Tue, 18 Nov 2025 12:07:24 +0500 އެޑިޓަރ
ޖަމާއަތުގެ ބޮޑުކަން ދައްކާލުން: އިސްރާފާއި ފައިދާ 1 https://heerasnews.com/3684 https://heerasnews.com/3684 ދައުލަތުގެ އާމްދަނީއަށް ފައިދާގެ ގޮތުގައި 100 މިލިއަން ވޭތުވެދިޔަ 2 އަހަރު ނުލިބެއެވެ. އެހެން ނަމަވެސް ދޮގުވެރިއެއްކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރާ މުއިއްޒުގެ ލަޝްކަރުގެ ބޮޑުކަން ދައްކަން ކުރި މަސައްކަތަށް 80 ވަރަކަށް މިލިއަން ދައުލަތުގެ ކުންފުނި ތަކާއި ޕްރޮޖެކްޓު ތަކުން ހޭދަކޮށްފައިވާ ކަމަށް ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބަޔަކާއި ހަވާލާދީ މަޢުލޫމާތު ލިބެއެވެ.

“އަހަރުމެން މި ގެންނަނީ ރާއްޖޭގެ އަތޮޅުތައް އެއްކޮން، ރައީސަށް ތާއީދުކުރާ އަތޮޅުތެރޭގައި ތިބި އެންމެން މާލެ އަންނާނެ”. އިތުރަށް އޭނާ ބުނީ “މާލޭގައި ތިބި ސަޕޯޓަރުންނާއި އެކު މަދުވެގެން 80 ވަރަކަށް ހާސް މި އެއްވުމުގައި ބައިވެރިވާނެ”ކަމަށެވެ. ކަންތައް ނިމުނުއިރު މި ލިބުނީ ކޮޅުކެއްސެކެވެ. 

ފުރަމާލެ އަންނަން ބޭނުންވެ އަތްމަތި ތާށިކަމުން ޑޮކްޓަރަށް ދައްކާލަންވެސް ބޭނުންވެފައިވާ އެތަށް ބަޔަކަށް ހިލޭ މާލެ އާދެވޭ ގޮތް ވުމަކީ އެ ބޭފުޅުންނަށް ލިބުނު ނަސީބެކެވެ. އެކަން ވެއްޖެއެވެ. ބޯނަހެއްގެ ގޮތުގައި 1500ރ އާއި 5000ރ ލިބުމަކީ މުއިއަޒުގެ ހެޔޮކަން ފެނުނު ކަމެކެވެ.

އީސީގެ ބަލަދުވެރި ކަމުގައި އޮތް ސިޔާސީ ޕާޓީއެއްގެ އިސްނެގުމާއި ބެލުމުގެ ދަށުން 80 ވަރަކަށް މިލިއަން ހަރަދުކުރަން ފައިސާ ހޯދި ގޮތެއްވެސް ބަލާލަން ޖެހެއެވެ. އޭސީސީގެ ބަޖެޓު މަދުވެގެން ހުށަހެޅިފައިވާ މުއިއްޒުގެ މައްސަލަތައް ނުބެލުނަސް ދައުލަތުގެ އީދާރާތަކުން ގަނީމާކުރި ފައިސާތަކުގެ ތަފްސީލު ހޯދަން ޖެހެއެވެ. 

]]>
Sat, 15 Nov 2025 21:20:11 +0500 އެޑިޓަރ
ސިއްރުކުރާ ވާދޫ ޑްރަގްކޭހުގައި ސަރުކާރުގެ ވެރިން ތަކެއް https://heerasnews.com/3672 https://heerasnews.com/3672 މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހާއްސަކޮށްގެން ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ ވަޓްސަޕް ގުރޫޕުގައި ބައެއް ނޫސްވެރިން ކުރާ ސުވާލަށް މައުލޫމާތު ނުދިނުމަކީ އާދައެކެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ނުދިނުމުގެ ސަބަބުން ބޮޑެތިކުށްކުރާ މީހުންނަށް ވަކިކަހަލަ ރައްކާތެރިކަމެއް އޮންނަ ކަހަލައެވެ.

ފުލުހުން މައުލޫމާތު ނުދިނަސް ރާއްޖެ ފަދަ ތަނެއްގައި ކަންކަން ސިއްރުވެފައި އޮންނަނީ މަދު ފަހަރަކުއެވެ. ބައެއް މައުލޫމާތު ނިކަން ފަސޭހައިން ދީފާ ވަކި ބަޔަކާ ގުޅުން ހުންނަ މައުލޫމާތު ފުލުހުން ސިއްރު ކުރާކަމީ ދޮގުކުރެވޭނެ ކަމެއް ނޫނެވެ.

2025 ވަނަ އަހަރުގެ ނޮވެމްބަރ 7 ވަނަ ދުވަހު، ގދ. ވާދޫގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާ މައްސަލައަކީ އެކަމުގެ މައުލޫމާތު މިހާތަނަށް ނުދީފައިވާ މައްސަލައެކެވެ. 4 މީހުން ހައްޔަރުކޮށް 3 މީހަކަށް 30 ދުވަހުގެ މުއްދަތު ޖަހާ އެކަކަށް 15 ދުވަހުގެ މުއްދަތު ޖަހަފައިވާ ޑްރަގް މައްސަލައެއްގެ މައުލޫމާތު ނުދީ ހިފަހައްޓަނީ ކާކުގެ ކޮން މަސްލަހަތެއް ރައްކާ ކުރަންހެއްޔެވެ. 

ޑްރަގް ފެނުނީ މި ސަރުކާރުގެ ތަޢުލީމީ ވުޒާރާގެ ނައިބެއް ކަމުގައި ތާރިފް މުހައްމަދުގެ މިލްކިއްޔާތުގައި ހިމެނޭ އިމާރާތަކުން ކަމަށް ވާތީ ހެއްޔެވެ. މައްސަލައިގައި ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ވާދޫ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖަރ ޝާމިހު އަހުމަދު ހިމެނޭތީ ހެއްޔެވެ. އޭނާއަކީ ކުރިން ޕޮލިހަކަށް ވާތީހެއްޔެވެ.

ކޯޓުން މުއްދަތު ޖަހާފައި ބަންދުގައި އެ މީހުން ތިބިއިރު އެ މީހުންގެ މައުލޫމާތު ސިއްރު ކުރަނީ މި ސަރުކާރުގައި އެޅިފައިވާ ވައްކަމާއި ޑްރަގާއި ވަގުވިޔަފާރި އާއި ސްކޭމާއި ލޫޓުވުމުގެ ޓެގުން ސަރުކާރު ސަލާމަތް ކުރުމަށް ހެއްޔެވެ. އެހެންވެއްޖެއްޔާ ފުލުހުންގެ މުއައްސާއާއި މެދު އިތުބާރު ކުރެވޭނެ ގޮތެއް ނުއޮންނާނެއެވެ.

]]>
Tue, 11 Nov 2025 15:48:57 +0500 އެޑިޓަރ
ހަނިމާދޫ އާއި ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް މަރުހަބާ: ރައީސް ސޯލިހު https://heerasnews.com/3668 https://heerasnews.com/3668 ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާ ގުޅިގެން ހަނިމާދޫގެ އަދި ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މަރުހަބާ ވިދާޅުވުމަށް ރައީސް ސޯލިހު ކުރެއްވި އެކްސް ޕޯސްޓްގައި ވިދާޅުވެފައިވާ ގޮތުގައި "މި އެއަރޕޯޓަކީ އެ ސަރަޙައްދުގެ އިގުތިސާދީ ކުރިއެރުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ވަސީލަތަކަށް ވެގެންދާނެ"އެވެ. 

އެއަރޕޯޓާއެކު، ހަނިމާދޫގެ މުޅި އިގުތިސޯދީ ނިޒާމު ވަރުގަދަކުރުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ގާބިލިއްޔަތު އިތުރުކޮށް، އެ ސަރަޙައްދުގައި ހުރި ކުރިއެރުމުގެ ގާބިލުކަން ފުރިހަމައަށް ހާސިލުކުރުމަށް އައު ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށެވެ. "އުންމީދަކީ ސަރުކާރުން މި މަސައްކަތް ފުރިހަމަކުރުމުގައި ސާބިތުކަމާއެކު ކުރިއަށް ދިއުން" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި މުހިންމު މަޝްރޫއު (ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް) ހަގީގަތަކަށް ހެދުމުގައި ވެދެއްވި އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

]]>
Mon, 10 Nov 2025 09:01:54 +0500 އެޑިޓަރ
މުއިއްޒު ހުޅުވާދިނީ އިންޑިއާގެ މިލިޓަރީ ބޭހެއްކަމަށް ސިފަކުރި އެއަރޕޯޓް: ޝާހިދު https://heerasnews.com/3667 https://heerasnews.com/3667 ރައީސް މުއިއްޒު ރޭގައި ރަސްމީކޮށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުއްވައިދެއްވުމަކީ ރައީސް ސޯލިހު ގެ ވެރިކަމުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށުނު މުހިންމު މަޝްރޫއެއްގެ ނިންމުން ކަމުގައި ކުރީގެ ހާރިޖީ ވަޒީރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެ މުހިންމު މަޝްރޫއު ހިންގެވުމަށް އިސްނެންގެވި ކަމަށްޓަކައި ރައީސް ސޯލިހަށާއި، އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންޑްރަ މޯދީ އަށާއި، އިންޑިއާ ސަރުކާރަށާއި އިންޑިއާގެ ރައްޔިތުންނަށް އެ ބޭފުޅުންގެ މަތިވެރި އެހީތެރިކަމަށްޓަކައި އިހުލާސްތެރި ޝުކުރު ދަންނަވާކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. 

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވި ގޮތުގައި އެންމެ އަޖައިބުވެ ހައިރާންވާ ކަމަކީ، ރައީސް މުއިއްޒާއި އެ ބޭފުޅާގެ އެކުވެރިން، އިދިކޮޅުގައި ތިއްބެވިއިރު، ހަނިމާދޫ އެއަރޕޯޓް މަޝްރޫއު އިންޑިއާގެ މިލިޓަރީ މަޝްރޫއެއްގެ ގޮތުގައި ސިފަކުރެއްވި ކަމެވެ.

ހަނިމާދޫ އެއަރޕޯޓް އިމާރާތްކުރުމުގެ މަސައްކަތުަގއި އުޅުނު މަސައްކަތްތެރިންނަކީ އިންޑިއާ ސިފައިންގެ ގޮތުގައި ސިފަކޮށް ނުރައްކާތެރި ގައުމިއްޔަތުގެ ދޮގު ވާހަކަތައް ރައީސް މުއިއްޒާއި ބައިވެރިން އާންމުކުރިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ އެހީގައި ހިންގި ކޮންމެ މަޝްރޫއެއް ސިޔާސީކޮށް، އިންޑިއާ އާއި ދެކޮޅަށް ރުޅިވެރިކަން އުފެއްދުމަށް ބޭނުން ކުރެވުނު ކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ރައީސް މުއިއްޒާއި ބައިވެރިން އޭރު ބައިނަލްއަގުވާމީ އެއްބާރުލުން ސިޔާސީ ހަތިޔާރަކަށް ބަދަލުކުރިކަން ހަނދާންކޮށް ދެއްވަމުން ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު އެ ބޭފުޅާގެ އިންތިހާބީ ކެމްޕޭނުގައި ދެކޮޅުހެދި ހަމަ އެ މަޝްރޫއު އަޖައިބު ކުރަނިވި ގުދުރަތީ ނިޔާފުޅަކުން ރައީސް މުއިއްޒު އެވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރައީސް މުއިއްޒު ސަރުކާރުން ކުރިން ނުބައިކޮށް ދުށް އިންޑިއާ ސަރުކާރުގެ އެހީގައި ވުޖޫދަށް އައިސްފައިވާ މަޝްރޫއެއް ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. 

                    

]]>
Mon, 10 Nov 2025 08:12:27 +0500 އެޑިޓަރ
އިދިކޮޅު އެއްވުން: ސަރުކާރު ގުއިރޯނުގައި ޖެއްސުން https://heerasnews.com/3666 https://heerasnews.com/3666 އެމްޑީޕީން އެންމެ ފަހުން އެއްވުމެއް އިންތިޒާމް ކުރީ އޮކްޓޯބަރ 3 ވަނަ ދުވަހުއެވެ. އެ ފަހަރު ކަންހިނގާ ދިޔަ ގޮތަށް ނަޒަރު ހިންގާލުން މުހިންމެވެ. 

އޮކްޓޯބަރ 3 ގެ އެއްވުމަށް އިއުލާނު ކުރި ހިސާބުން ސަރުކާރުގެ ގަޔަށް ހިނި އަރާން ފެށިއެވެ. ސަރުކާރުގެ ބައެއް ވެރިން ހުންއައިސް ރަޖާ އަޅަން ފެށިއެވެ. ސަރުކާރުން ބޮޑު ބަޖެޓެއް ހަމަޖެއްސިއެވެ. މައުލޫމާތު އެގޭކަމަށް ދައުވާ ކުރި މީހަކު ބުނާ ގޮތުންނަމަ މަދުވެގެން 37 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. އޮކްޓޯބަރ 1 ވަނަ ދުވަހު ސަރުކާރުގެ ދިފާއުގައި ކަމަށް ބުނެ މާލޭގެ އެތައް ބަޔަކަށް ފައިސާ ދީ ގަރާރުތަކުގައި ސޮއި ކުރުވިއެވެ. އަތޮޅުތެރެއިން މީހުން މާލެއަށް ގެނައެވެ. ޓިކެޓާއި ހުރުމާއި ކެއުމާއި ބޯނަސްތައް ދިންކަމަށް ބުނެއެވެ. ބުނެވޭ ގޮތުންނަމަ އޮތީ އޯޕަން ބަޖެޓެކެވެ. 

މިފަހަފުވެސް މައިގަނޑު ގޮތެއްގައި މިފެންނަނީ އެއްގޮތަކަށް އަމަލު ކުރަމުންދާ މަންޒަރެކެވެ. 17 ނޮވެމްބަރ އިއުލާނު ކުރި ހިސާބުން އެނގުނީ ސަރުކާރުގެ ބާރުވެރިކަމުގައިވާ އެއްވެސް ތަނެއް ނުދޭނެ ކަމެވެ. އިވެނީ ކުރިއެކޭ އެއްގޮތަށް އަތޮޅު ތެރެއިން މީހުން މާލެ އަރުވާ ވާހަކައެވެ. ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމާއި ބޯނަސް ދޭނެ ވާހަކައެވެ. ކުރީ ފަހަރެކޭ އެއްގޮތަށް އެމްޑީޕީގެ އެއްވުމުގެ ހަމަ 3 ދުވަސް ކުރިއަށެވެ. މިފަހަރުވެސް ހަރަދު ކުރަނީ އެސްއޯއީ ތަކުންނާއި ޕްރޮޖެކްޓް ތަކުން ސަރުކާރަށް ލިބުނު ކޮޅުދާލި ކޮޅެވެ.

އަދަދުތައް ކިތަންމެ ބޮޑަސް ސަރުކާރަކަށް ރައްޔިތުންގެ ތާއީދެއް ނެތެވެ. ހަގީގަތަކީ ސަރުކާރުން ދައްކަން މަސައްކަތް ކުރަނީ ލޯތްބެއް ނޫނެވެ ފައިސާއަށް ރައްޔިތުން ކޮންޓްރޯލް ކުރުމެކެވެ. ރައްޔިތުން ރައްކާ ކުރަން ބޭންކަށް ލާފައި ހުރި ފައިސާ ކޮޅު ބަހާލާ، އެސްއޯއީ ތަކުން އަތުލާ ފައިސާ ތަކުގެ އަޖަލުގައި ރައްޔިތުން ޖައްސާ ރައްޔިތުން ދޭ ޓެކްސްފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެވެ.

ކޮންމެއަކަސް އެއީ އުރަތްޕެއް ނެތް ސަރުކާރުތަކުން ކަން ކުރާނެ ގޮތެވެ. ހިޔަންޏަށް މުޑި ނެގުމެވެ. މިފަހަރު މިއޮތީ ސަރުކާރަށް ބޮޑު އިސްރާފަކާއި ކުރިމަތި ލާން ޖެހިފައެވެ. އިތުރު އެހެން ފަހަރަކު އަނެއްކާވެސް ހަރަދު ތަކެއް ކުރަން ޖެހިފައެވެ.

އެމްޑީޕީގެ އެއްވުން ފަސް ކުރީއެވެ. ސަރުކާރުގެ އެ އެއްވުމަށް ބޮޑެތި ހަރަދުތަކެއް މިހާރުވެސް ކޮށްފިއެވެ. ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމުގައިވެސް ރައީސް މުއީޒު ރެކޯޑް ހައްދަވައިފިއެވެ.

]]>
Sun, 09 Nov 2025 12:48:54 +0500 އެޑިޓަރ
ދައުލަތުގެ ހަޒާނާ ވަގުންގެ ކިބައިން ސަލާމަތް ކުރަންޖެހޭ https://heerasnews.com/3652 https://heerasnews.com/3652 ދިވެހިރާއްޖޭގެ ތާރީހުގައި ނުހިގާވަރުގެ ބޮޑު ހިޔާނާތެއް ފާޅުގައި ރޯމާދުވާލު މުއިއްޒު ސަރުކާރުން ހިންގައިފި ކަމަށާއި 2.7 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް މި ހިންގާލީ ގައުމަށް ކޮން ނަމޫނާއެއް ދައްކަންތޯ ވިލިގިލި ދާއިރާގެ ކުރީގެ މެންބަރ ސައުދު ހުސައިން ސުވާލު އުފައްދަވައެވެ. 

2.7 ބިލިޔަން ބަހާލި ސްކޭމަކީ އަމިއްލައަށް މާލިއްޔަތު ގަވާއިދު ބަދަލުކޮށް ކޮރަޕްޝަނަށް ތަންމިނަށް ދޮރުހުޅުވާލައިގެން ބިޑުކުރުމަކާ ނުލާ ހިންގި ކޮރަޕްޝަނެއް ކަމަށާއި ރޭވިގެން ވަކިބަޔަކަށް ރައްޔިތުންގެ ޓެކުސް ފައިސާއިން ނާޖާއިޒް ފައިދާ ހޯދައިދީ އެ ފައިސާއިން ބައެއް ލިބިގަތުމަށް ރޭވިގެން ހިންގާފައިވާ ބޮޑު ހިޔާނާތެއް ކަމަށް ސައުދު ސިފަކުރައްވައެވެ.

މިހާވަރަށް ފާޅުގައި ވައްކަން ކުރަމުންދާއިރު ސިއްރުން ކިހާވަރަކަށް ވައްކަން ކުރާނެ ކަމާމެދު ސުވާލު އުފައްދަވަމުން ސައުދު ވިދާޅުވަނީ 2.7 ބިލިޔަން ބަހާލި ހިޔާނަތަކީ ފެށުމަގައިވެސް ބާތިލުކަމެއްކަމަށް އެނގިތިބެމެ ކޮންޓުރެކްޓަރުން ބައިވެރިވުމަކީ ނުހަނު ހިތާމަ ހުރިކަމެއް ކަމަށެވެ. 

2.7 ބިލިޔަން ރުފިޔާ ބަހާލި މައްސަލަ ކަމާއިބެހޭ ފަރާތްތަކުން އަވަހަށް ބަލަންޖެހޭ ކަމަށް ވިދާޅުވަމުން ސައުދު ވިދާޅުވީ އެހެން ނޫންނަމަ ވަރަށް ގިނަ ބަޔަކު ގާނޫނާއި ހިލާފްވެ އަދަބު ލިބިގެންދާނެ ކަމަށެވެ.

ދައުލަތް މި ހިޔާނާތުން ސަލާމަތް ކުރުމަށް އޭސީސީއިން އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ދިވެހި ރައްޔިތުން،ގެ ޚަޒާނާ ވަގުންގެ ކިބައިން ދިފާއުކޮށް ސަލާމަތްކުރުމަށް އަވަސްވެ ގަންނަންޖެހޭ ކަމަށް ސައުދު ވިދާޅުވެއެވެ.

]]>
Sat, 08 Nov 2025 15:47:22 +0500 އެޑިޓަރ
ނޮވެންބަރ 3ގައި ކާމިނީގޭ ކުއްޖެއްގެ ގައިގާ ކޫރެއްވެސް ނޭޅޭ https://heerasnews.com/3653 https://heerasnews.com/3653 ވެރިކަން ދޫކޮށްލަން ނާސިރު ނިންމެވި އިރު އަރިހުގައި ހުންނެވި އެންމެ އިތުބާރު ހިފޭ ހިންގުންތެރި ބޭފުޅަކީ އެންދެރިމާގޭ އިލްޔާސް އިބްރާހީމެވެ. އަން ކިޔާފައި ދިއްކޮށްލެވޭނެ ނަމަ ނާސިރަށް ފަހު ވެރިކަން ހަވާލު ކުރައްވަން ނާސިރު އެންމެ އެދިވަޑައިގަތް ބޭފުޅަކީ އިލްޔާސް އިބްރާހީމް ކަމަށް ދެކޭ މީހުން ގިނައެވެ. އިބްރާހީމް ނާސިރަކީ މާގިނަ ވާހަކަ ދައްކަވާ އަނގަޗަރާޑި ހެއްދެވިގެން ރަށުތެރޭގައި އަތް އުކާ ދެބުމަ ގޮއްޖެހި އަހުލާގު ދެއްކެވި ބޭފުޅެއް ނޫނެވެ.

މާލޭގެ ނަންހުރި ވަރުގަދަ އާއިލާ ތަކުގެ ލިސްޓަށް އެއް އިރެއްގައި ވެސް ކާމިނީގެ އެރިކަމަކަށް ނުވެއެވެ. އެހެން ކަމުން މައުމޫނަށް ލެއްވި އެންމެ ބޮޑު ނަސީބަކީ ޅިޔަނު އެންދެރިމާގޭ އިލްޔާސް އިބްރާހިމެވެ. ވަރަށް ޒުވާން ބޭފުޅަކަށްވާތީ ވެރިއެއްގެ ގޮތުގައި އިލްޔާސްގެ ނަން ދިވެހިންގެ އަރުން ދިރެން އޭރު ދަތި ވާނެކަން ނާސިރަށް އެނގިވަޑައިގަނެއެވެ. އެހެން ކަމުން 1978 ގެ 10 އަހަރު ފަހުން 1988 ގައި އިލްޔާސް އިބްރާހީމް ވެރިކަމަށް ވަޑައިގަތުމާ ދެމެދުގެ ދޭތި ބެއްދިއެއްގެ ގޮތުގައި ނާސިރު މައުމޫނަށް އާނ ބަސް ނުދެއްވި ނަމަ މައުމޫނަކީ އެމީހާ ނޫންކަން ހޮދު މައުމޫނަށް އެނގި ވަޑައިގަނެއެވެ. ދުރު މީހަކަށް ވުރެ އިލްޔާސްއާއި މައުމޫނުގެ ގާތް ކަމަކީ ނާސިރުގެ ރުހުން މައުމޫނަށް ލިބި ވަޑައިގަތް ކަމަކަށް އޮތީ ވެފައެވެ.

ގާނޫނީ ގޮތުން ޑިފެންސް މިނިސްޓަރަކީ އޭރު ރައީސުލްޖުމްހޫރިއްޔާއެވެ. އެހާ ޅައުމުރު އިލްޔާސަށް ޑިފެންސްގެ ނައިބުކަމާ ދައުލަތުގެ އާރާ ބާރާ ބުރޯކަން އޮތުމަކަށް ކާމިނީގޭގެ ހިތް ހަލާލު ނެތުމަކީ އެކަން ވާނެ ގޮތެވެ.

މައުމޫނުގެ 10 އަހަރު ނިމި އިލްޔާސްގެ ތާރީހު ގާތް ވަމުން އަންނަ އިރު ޑިފެންސްގެ ނައިބާ ދެކޮޅަށް ފިސާރި ކަންތައް ގަނޑެއް ހިލުވާލެވި، އިލްޔާސް އިބްރާހީމް ޗާޓުން ބޭރު ނުވެއްޖެ ނަމަ އެއީ ކާމިނީގޭ ވެރިކަމަށް އޮތް ބިރެކެވެ.

މާލެ އެރިގޮތަށް ސިފައިންގެއަށް ހަމަލާ ދިނުމަށް ފަހު އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ ކިނބިގަސްދޮށުގެ އަށް ދިޔަ މަގުތީގައި މައުމޫނު ދިރިއުޅުއްވާ ތީމުގޭ އަނބުގަހަށް ބަޑިތަޅާލުން ނޫން ކަމެއް ތަމަޅައިން ނުކުރެއެވެ. ވަންނަން ބަލައިފިނަމަ އޭރުގެ ތީމުގެ ހުރީ މާތިރި ފާރެއްލާ ދެރަވަރު ގޮތަކަށެވެ. އެކަމުން ގައިން ތެޔޮހަން ދިޔަ މީހަކު ވެސް ތީމުގެއަކު ނެތެވެ.

ފަތިސް ވަގުތު ތީމުގެއިން ނިކުމެ ވަޑައިގެން މަޑުމަޑުން ހިންގަވާފައި ހަތިޔާރު އެޅި ތަމަޅައިން ކައިރިންލާފާ މ. ގުލިސްތާނުގެއަށް މައުމޫނާއި އާއިލާ ވަންނަވަން ދެން އެމީހުން ކުޑަވެސް ގޯނާއެއް ކޮށް ނުލާ ބަލަން ތިއްބެވެ. އެކަމަކު ތީމުގެއާއި މާދުރުން ފަރީދީމަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ މަސްހޫރު ގޯލު ކީޕަރު ހަމީޒު ބަޑިޖަހާ މަރާވައްޓާލި ތަމަޅައިން މައުމޫނު އަރިހުން ހޭވެސް އަހާނުލައެވެ.

އެހެނެއް ކަމަކު އިލްޔާސް ދިރިއުޅުއްވާ ކިނބިގަސްދޮށުގެއަށް ތަމަޅައިން ވަދެގަތެވެ. ސިފައިންގެ އޮފިސަރެއް ކަމަށްވާ ކުޑަނެވި ތުއްތުމަނިކުގެ މެއަށް ދާދި ގާތުން އަމާޒުކޮށް ބަޑިޖަހާ ޝަހީދު ކޮށްލިއެވެ. އިލްޔާސް އިބްރާހީމަށް ފުރާނަ އާއިގެން ސަލާމަތް ވެވުނީ ސިކުންތު ކޮޅެއްގެ ފަރަގުން އެ މަނިކުފާނުގެ އަނގުންތައް ބިނދިފައިވާ ހާލުކޮޅުގައި ކިރިޔާއެވެ. ކާމީނީގޭ ކުއްޖެއްގެ ގައިގާ ކޫރުމެއް ވެސް ނޭޅެއެވެ.

ހިނގާ ކަންކަމާ މެދު ނުވިސްނާ ތިއްބަކަސް އެނގޭނެ އެއްޗެއް ނޯންނާނެއެވެ. ބޭރުފުށުން ދައްކާ ކުލަވަރާ އިއްވާ އަޑާ މަންޒަރުގެ ބޮޑު ބަޔަކީ އޮޅުވާލުމެވެ.

]]>
Tue, 04 Nov 2025 21:07:35 +0500 އެޑިޓަރ
ހުރިހާ ބާރެއްދެއްވައި ދޮގު ދައުވާތައް ފަލީހަތް ކުރައްވައިފި: އިލްޔާސް ޖަމާލް https://heerasnews.com/3628 https://heerasnews.com/3628 ނިމިގެންދިޔަ ވެރިކަމުގައި ފްލެޓްތައް ދިނީ ހައްގު ގޮތުގައިތޯ ބަލައިދިނުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއްޔާ އެކަން ބަލައިގަންނާނަން ކަމަށް ބުނެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރ ހުސައިން ޝާރީފް (ހުސެންބެ) ރައްޔިތުންގެ މަޖިލީހުގައި ދެއްކި ވާހަކައަކަށް ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ޖަމާލު ހޫނު ރައްދެއް ދެއްވައިފިއެވެ.  

ޝައިހު އިލްޔާސް ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. " ހުސޭނެވެ. ހައްގުން ދީފަހުރިތޯ ބަލަން ދޮޅުއަހަރު ހޭދަކުރުމަށް ފަހު ހަމަ އެ ލިސްޓަށް ދޭން ނިންމީވެސް ތިޔަ ރަޙްމެއްނެތް ސަރުކާރުންންނެވެ. އެތަންތަނަށް މީހުން ވައްދާނެކަމަށް އެތައް ތާރީޚުތަކެއް ދީ ދޮގުހަދައި ރައްޔިތުން ގަނަތަޅުވަނީ ވެސް ތިޔަ ސަރުކާރުންނެވެ."

އިލްޔާސް ޖަމާލު ވިދާޅުވި ގޮތުގައި "ތިޔަ ހަށިތަކުގައި އިންސާނީ ކަރާމަތާއި ކުލުނު ވެރިކަމުގެ ލޭހިނގާނަމަ، ރައްޔިތުންނަށް ވޭނެއް ލިބެން އެންމެ ހިނދުކޮޅަކަށް ވެސް ބޭނުން ނުވާނެއެވެ."

ގަރާރުތައް ވައްދައިގެން ކަމެއް ކުރާނަމަ، ވައްދަންވީ ސަރުކާރުން ހަދާ ދޮގުތަކާއި އަނިޔާތަކާއި އިސްރާފްތައް ހުއްޓުވުމުގެ ގަރާރުކަމަށް ޝައިހު އިލްޔާސް ޖަމާލް ވިދާޅުވިއެވެ. ހަގީގަތުގައި ވެރިމީހާއަށް ނަސްރުދީ ރައްޔިތުންނަށް ވަފާތެރި ވުމަކީ އެއީ ކަމަށްވެސް ޝައިހު ވިދާޅުވިއެވެ. 

" އޭގެ ބަދަލުގައި ތިޔަ މެންބަރުން ތިޔަ ތިއްބެވީ ސަރުކާރުގެ އަނިޔާވެރިކަމަށް ވާގިވެރިވާ މަދަދުގާރުންގެ ގޮތުގަ" ކަމަށް ވިދާޅުވަމުން ޝައިހު އިލްޔާސް ޖަމާލު ވިދާޅުވީ " ހަތް އުޑުމަތިން ރައްބުލްއާލަމީން ބައްލަވާވޮޑިގެންވެތެވެ." 

ގައުމޭ މިއްލަތޭ އީމާނޭ ތަގުވާއޭ ޔާމީނަށް ވެރިކަމޭ ކިޔައި މަތިވެރި ދީން ވިއްކައިގެން ރައްޔިތުންނަށް އޮޅުވާލުމުން، ހިކްމަތް ވަންތަ އިލާހު މި ސަރުކާރަށް ހުރިހާ ބާރެއްދެއްވައި، އެއީ ދޮގު ދައުވާތަކެއްކަން ދައްކަވައި، ރައީސް ޔާމީނަށް ގައްދާރުވެ، ދީނާ ހިލާފަށް އަނިޔާވެރިވެ ބައިތުލް ނަހަމަ ގޮތުގައި ލޫޓުވާތަން ފަލީހަތް ކުރައްވަމުން ގެންދަވާ ގޮތާމެދު ފުންކޮށް ވިސްނަވައި ޢިބްރަތް ލިބިގަނެ، ރައްޔިތުންނަށް އަނިޔާވެރިވުމުގެ މަގު ދޫކޮށް، ސަރުކާރު ހަމަމަގަށް އެޅުވުމަށް މެންބަރުންގެ ކޮނޑުގައި އެޅިވިފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމަށް މަޖިލިސް މެންބަރުންނަށް ޝައިހު އިލްޔާސް ޖަމާލު ނަސޭހަތްތެރިވެ ވަޑައިގަނެއެވެ. 

]]>
Fri, 24 Oct 2025 13:39:22 +0500 އެޑިޓަރ
ބ. އަތޮޅު އަނގަފަރުގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި https://heerasnews.com/3618 https://heerasnews.com/3618 އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކްލް ކުރުމުގެ ދުނިޔޭގެ ރެކޯޑް ބ. އަތޮޅަށް ލިބިއްޖެއެވެ. ދުނިޔޭގެ ރިކޯޑް ފޮތުން ބ. އަތޮޅު ޖާގަ ހޯދީ އެއްފަހަރާ 623 މީހުން އިއްޔެ އަނގަފަރު ސަހައްދުގައި ފީނައިގެންނެވެ. 

ދުނިޔޭގެ ރެކޯޑަކަށް ވެގެން ދިޔަ ސްނޯކްލިންގ ހަރަކާތަކީ ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބޭއްވި ހަރަކާތެކެވެ. 623 މީހުން ބައިވެރި ސްނޯކްލިންގ ހަރަކާތުގައި ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކުގެ އިތުރުން ރިސޯޓްތަކާއި، ގެސްޓް ހައުސްތަކުން ބައިވެރިވިއެވެ.

"ބާނި" ނަމުގައި ފްރީޑައިވް މޯލްޑިވްސް އާއި ބ. އަތޮޅު ކައުސިލުން ގުޅިގެން ކުރިއަށް ގެންދިއަ ހަރަކާތުގެ މަގްސަދަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބ. އަތޮޅު ޑެސްޓިނޭޝަން ޕްރޮމޯޓް ކުރުމާއި ތިމާވެއްޓަށް މީހުން ހޭލުންތެރިކަން އިތުރުކުރުމެވެ. 

623 މީހުން ސްނޯކްލް ކުރި އަނގަފަރު ސަރަހައްދަކީ ޅަމިޔަރު ވިހާ އާލާވާ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. އަނގަފަރަކީ ވެސް ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ސަހަރައްދެކެވެ. ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ބ. އަތޮޅަކީ ކަނޑުގެ ދިރުމުގެ މުއްސަނދި ކަމަށް ދުނިޔޭގައި މަޝްހޫރު އަތޮޅެކެވެ.

]]>
Mon, 20 Oct 2025 13:44:48 +0500 އެޑިޓަރ
މުއިއްޒު ބަހަނާ ނުދައްކާ އިސްތިއުފާދީ: މެންބަރ އައްބާސް https://heerasnews.com/3611 https://heerasnews.com/3611 ބަހަނާ ނުދައްކާ އިހުލާސްތެރި ކަމެއް ހުރިނަމަ މިހާރުން މިހާރަށް ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރ މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

ރައްޔިތުންނާއި ގައުމަށް އެންމެ ރަނގަޅުވާނެ ގޮތަކީ އިތުރު ބަހަނާއާއި މޮޅު ވާހަކަ ނުދައްކާ ރައީސް މުއިއްޒު އިސްތިއުފާ ދިނުން ކަމަށް އައްބާސް ވިދާޅުވިއެވެ.

ވިޔަފާރި ބަނދަރުން 2 ކޮންޓޭނަރ ސިނގިރެޓް ގެއްލުނު މައްސަލައާއި ގުޅިގެން ބަނދަރުގެ ސެކިއުރިޓީ ވަރުގަދަކުރާ ވާހަކަ ރައީސް މުއިއްޒު ދެއްކެވުމުން އެވާހަކައަށް ރައްދު ދެއްވާ މުހައްމަދު އައްބާސް ކުރެއްވި އެކްސް ޕޯސްޓްގައި އިތުރަށް ވިދާޅުވީ ވިޔަފާރި ބަނދަރުގެ ސެކިއުރިޓީ ވަރުގަދަ ކުރަން އިތުރަށް އަޅާނެ ފިޔަވަޅެއް ނުހުންނަނެ ކަމަށެވެ.

ވިޔަފާރި ބަނދަރުގގައި މިހާރުވެސް ހުރީ ދުނިޔޭގެ އެންމެ ބޮޑަށް ކުރި އަރާފައިވާ ގައުމުތަކުގައި ވެސް ހުންނަ ފަދަ ސެކިއުރޓީ ސިސްޓަމެއް ކަން މެންބަރ އައްބާސް ފާހަގަ ކުރައްވައެވެ.

ބޮޑެތި ކޮންޓޭނަރ ގެއްލޭ ހިސާބަށް ބަނދަރުގެ ސަލާމަތީ ކަންކަން ގޮސްފައި ވަނީ ރައީސް މުއިއްޒުގެ އިހުމާލުން ކަމަށް އައްބާސް ވިދާޅުވިއެވެ.

]]>
Thu, 16 Oct 2025 09:13:08 +0500 އެޑިޓަރ
ރާއްޖޭގައި އިތުބާރު ކުރެވޭ ޔުނީފޯމް ބޮޑީއެއް ނެތް https://heerasnews.com/3605 https://heerasnews.com/3605 ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މޯބައިލް ފޯނަކުން އެއްޗެއް ލީކުވުމުގެ ފުރުސަތެއް ނެތި ޝިމަންގެ ފޯނުން ފޮޓޯ ލީކުވެއްޖެއެވެ. ބޭރުކުރަން އުޅެނިކޮށް ކަސްޓަމުން ހިފަހައްޓާ ފުލުހުންގެ ހަވާލުގައި ހުރި 30 ހާސް ޑޮލަރަށް ވީގޮތެއް ނޭނގި ގެއްލިއްޖެއެވެ. ވަގަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެން ދެ ކޮންޓޭނަރ ސިނގިރެޓް ވަގަށް ނަގައިފިއެވެ. 

މިހުރީ ހައްތަހާވެސް ފުލުހުން އެބުނާ ބައިނަލްއަގުވާމީ މިންގަޑުގައި ރައްކާތެރި ކުރެވި އެކަންކަން ހިނގަން ފުރުސަތު ނެތީސް ހިނގާފައިވާ ކަންކަމެވެ. ބުނެވި ދިޔަ ޒާތުގެ އެތައް ކަމެއް ދައުލަތުގެ ތަންފިޒީ އިދާރާތަކުގައި ހިނގައެވެ. ހިންގައެވެ. 

ކަސްޓަމާއި އިމިގްރޭޝަނާއި ކަރެކްޝަންގެ ހިދުމަތުގައި އުޅުނު އެތައް ބައެއްގެ މައްޗަށް މަގާމާގުޅޭ ބޮޑެތި ކުށްތަކެއް ކުރިކަން ވަނީ ސާބިތު ވެފައެވެ. ބޮޑެތި އަދަދުތަކުން އެމީސްމިހުންގެ ބެންކް އެކައުންޓުތައް ފުރިފައިހުރި ވާހަކަދެއްކީ ސަރުކާރުންނެވެ. 

މަގާމާ ހަވާލުވުމަށް ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދީ ކުރާ ހުވައަކީ ޖަރީމާ ހިންގުމަށް އެތެރެވާން ޖަހާ ޕާސްވޯޑަކަށް ވެފައިވާ ގައުމެއްގައި ނުވެނުދާނެ ހުރިހާ ކަމެއްވާނެއެވެ.

ރައްކާތެރި ކުރަން ތިބި މީހުން ތިމާމެންގެ އަމާނާތަށް ހިޔާނާތްތެރިވާ ބައެއްގެ ތެރޭގައި ފުރުސަތު ނޯންނާނެކަމަށް ބުނެ ފުލުހުން ނެރޭ ބަޔާނަކުން ހިންގާ ޖަރީމާއަށް ފަސްއަޅާ ފޮރުވައެއް ނުލެވޭނެއެވެ. 

]]>
Sun, 12 Oct 2025 11:50:25 +0500 އެޑިޓަރ
ރިޕަބްލިކް އޮފް ބުރުމާ މޯލްޑިވްސް https://heerasnews.com/3599 https://heerasnews.com/3599 މާމިގިލީ ބުރުމާ އިބްރާހީމުގެ ގާސިމެކޭ ފާލު ބުރުމާއެކޭ ތަފާތެއް ނެތެވެ. އެއިރަކު ފާލު އެޅިފައި ހުރި އަތަކަށް އެނބުރެނީ ތިޔަހެންނަކުން ނޫނެވެ. ބޭނުން އަތަކަށް ފާލު އަޅުވައިގެން އެނބުރެން ފާލު ބުރުމާ ހަމަ މޮޅީއެވެ. 

މައުމޫނުގެ ގަދަ 30 އަހަރު އެންދެރިމާގޭ ހިޔަނީގައި މައުމޫނު މުއްޕަތުން ހަމަ އިސްކޮޅަށް ދެމެލިއެވެ. ހިތްފުރޭވަރު ދައުލަތުގެ ތެރެއިން ކޮށްލައިގެން ނިކުމެ މައުމޫނުގެ ވެރިކަން ވައްޓާލަން އިސްވެހުރެ މައުމޫނުގެ ދުވަސް ދުއްވާލީ އިތުރަށް އަމިއްލަ ބާލީހަށް ލައްވާނެ އިތުރު ބަންޑާރަ ކަފަކޮޅެއް ލިބެން ނެތިގެންނެވެ. 

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ލިބުނު ބައިކުޑަވެ 21 ދުވަސް ތެރޭގައި ކޯލިޝަނުން ވަކިވެ ރިޝްވަތުގެ ހުތުރު ފައިސާގައި ބަގާވާތް ފެއްޓިއެވެ. މަނީ މަނީ ޔޭސް ސަރ ގައި ފުލުހުން ޖައްސައިގެން ވަތަންއެދޭ އިއްތިހާދުގެ ވެރިކަން ވައްޓާލީ ދައުލަތް ނޮޅާކާލަން ހިތަކަށް ނުލިބިގެންންނެވެ.

ދެނަކާ ދެނެއްނެތެވެ. ވަހީދުގެ ބަގަވީ ވެރިކަމުގައި ފަތުއަޑުކިޔާފައި މުޅި ދައުލަތް ތޮރުފާ ފުރޭނިގަޑަކަށް ހަދާލިއެވެ. އެތައް ފަޅަކާ ބިމެއް ކައްވާލިއެވެ. ދައުލަތުގެ ހަޒާނާ ފަހުން ވެސް ލޫޓުވާ ލެވޭ ގޮތައް އެގްރިމެންޓްތައް ހެދިއެވެ. 

ޔާމީނު ވެރިކަމުގައި ކޯލިޝަން ހަދައިގެން ބޭނުންހާ ކަމެއް ނުވުމުން ވެސް މައިތިރިއެއް ނުވިއެވެ. ވަހީދު ވެރިކަމުގައި ހެއްދި އެއްބަސްވުން ތަކަށް އަމަލުނުކޮށް ހީލަތްތެރި ގޮތަކަށް ބާތިލުކުރުވިއެވެ. ފަނޑިޔާރުން ރިޝްވަތުގެ މަޅީގައި ޖައްސުވާފާ ބައިތިއްބައިގެން ބަދަލު ހޯދުމުގެ ނަމުގައި ދައުލަތް ނޮޅާލެވޭނެ ބިޔަނހުކުމްތައް ނެރުވިއެވެ. 

ދެންއައީ ޔާމިނުގެ ވެރިކަން ވައްޓާލައިގެން ޝަރުއީ ހުކުމްތައް ބޭނުން ކޮށްގެން ބަދަލު ހޯދުމުގެ ދައުރެވެ. އިބޫ ސަރުކާރުގެ 33 އިންސައްތަ ހިއްސާކޮށްގެން މުޅި ވެރިކަން ހަރާބުކުރިއެވެ. 

ކޮވިޑް އެއިޑްގެ ބޮޑުއެއްޗެއް ޖީބަށް ޖަހާލިއިރު ފެސިލިޓިތަކަށް އަމިއްލަ ރިސޯޓްތައް ދީގެން ޖީބުފުރިއެވެ. ޓްރާންސްޕޯޓާއި ޓޫރިޒަމާއި ހެލްތަށް އަމިއްލަ ޕަޕެޓުން ވަޒިރުންނަށް ލައިގެން ކުޅިޖަހާ ކުޅިހަމަކުރިއެވެ. 

އަމިއްލަ އަނބިމީހާ ވަޒީރުކަމުގައި ހުރި ކުރީ ސަރުކާރޭ ދަރަންޏޭ  މަސައްކަތުގެ އަގޭ ކިޔައިގެން ފޮނުއަރުވަން ބުރުމާ ގާސިމް ލަދެއް ނުގަނެއެވެ. މުއިއްޒު ޅޮސް އުނދޯއްޔަށް އަރުވައިގެން މުޅި ދައުލަތް ރިޕަބްލިކް އޮފް ބުރުމާ މޯލްޑިވްސްއަށް ބަދަލުނުކޮށް ސަލާމަތް ވިއްޔާ ރަނގަޅެވެ.

]]>
Wed, 08 Oct 2025 10:50:00 +0500 އެޑިޓަރ
އެލްއާރުއޭޑީން ހަމަލާދިނީ ނުކުޅެދޭ ބަޔަކަށް ހަދަން: ޝާހިދު https://heerasnews.com/3596 https://heerasnews.com/3596 އެމްޑީޕީން ބޭއްވި މުޒާހަޜާ އާއި ދެކޮޅަށް ޑރ. މުޢިއްޒުގެ ސަރުކާރުން ލޯންގް ރޭންޖް އަކޯސްޓިކް ޑިވައިސަސް (އެލްއާރްއޭޑީސް) ބޭނުންކުރުން އޮނަރަބަލް އަބްދުއްލާ ޝާހިދު ވެސް ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. 

އދ މަޖިލިސްގެ ރައީސްކަންވެސް ކުރައްވާފައިވާ އެމްޑީޕިގެ ރައީސް ޝާހިދު ވިދާޅުވީ އެލްއާރްއޭޑީސް އަކީ 170 ޑެސިބަލްއަށްވުރެ މަތިން އަޑު އުފެއްދޭ އާލާތްތެއް ކަމަށެވެ. އެލްއާރުއެޑީސް އަކީ ކަންފަތަށް އިވުމުގެ ގާބިލުކަމަށް ދާއިމީ ގެއްލުން ލިބުމާއި، ބޯ އެނބުރުމާއި، ހޮޑުލުމާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުން ލިބުމުގެ ބޮޑު ނުރައްކަލާ ކުރިމަތި ލާންޖެހޭ ފަދަ ނުރައްކާތެރި އާލަތެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މިފަދަ އާލާތްތައް ބޭނުންކުރުމުގެ ސަބަބުން ކުރިން ޓްރޯމާ ތަޖުރިބާ ކޮށްފައިވާ މީހުންނަށް ކަންބޮޑުވުމާއި، ބިރުވެރިކަމާއި އަދި ނަފްސާނީ ގޮތުން އަނިޔާ ލިބިދާނެ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. 

މިފަދަ އާލާތްތައް ބޭނުންކުރުމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމުގެ އިތުރުން، ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތައް ހާމަކުރުމުގެ ގާބިލުކަން ނައްތާލުމަށް ކަނޑައެޅިގެން އަނިޔާވެރި ގޮތެއްގައި ފާޅުކަން ބޮޑުކޮށް ހިންގި އަމަލެއް ކަމަށް ޝާހިދު ވިދާވިއެވެ.

އެ ނުބައި ޢަމަލު ހިންގި ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.                    

]]>
Sun, 05 Oct 2025 17:52:13 +0500 އެޑިޓަރ
މުއިއްޒުމެން މުޒާހަރާކުރި ކޮންމެ ފަހަރަކު ވެރިކަން ވެއްޓުނު؟ https://heerasnews.com/3594 https://heerasnews.com/3594 އެމްޑީޕީން ރާވައިގެން ރޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންގެ އަދަދެއް މުހިންމެއް ނޫނެވެ. މުހިންމު ކަމަކީ ފިއްތުންތަކާއި ބިރުދެއްކުމާއި ނުފޫޒަށް ޖެހެލުންނުވެ ބަޔަކު ނިކުތް ނިކުތުމެވެ. 

ސަރުކާރާ ދެކޮޅަށް ބަޔަކު އެއްވާ ކޮންމެ ފަހަރަކު ވެރިކަން ވެއްޓޭކަށް ނުޖެހެއެވެ. ވެރިކަމެއް ވާޓާލުމަކީ ރައްޔިތުންނަށް އޮތް އެންމެ ފަހު އިހުތިޔާރެވެ. އެހިސާބަށް ދިޔުމުން އެކަންވެސް ވާނެއެވެ. ރައްޔިތުންނަށް މުހިންމީ ވެރިކަމުގައި ހުންނަ މީހާއެއް ނޫނެވެ. ރައްޔިތުންނަށް މުހިންމީ އުފާ ފާގަތި ކަމާއި އަމާން ކަމާ ރައްކާތެރިކަމެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ކަންބޮޑިވުންތައް އަޑު އިއްވުމާއި ހައްގު ހޯދުމަށް އަޑު އުފުލާކަށް ވަކި އަދަދަކަށް މީހުން ނިކުންނާކަށް ލާޒިމެއް ނޫނެވެ. ހެޔޮ ވާހަކައެއް ބުނާކަށް އަޑު އަހާކަށް ވަކި އަދަދަކަށް މީހުން އެއްވުންވެސް ލާޒިމެއް ނޫނެވެ. ރައްޔިތުންގެ އަޑު އަހަން ބޭނުން ނުވާވެރިން ކަންފަތް ފެޅޭވަރުގެ އެހެން އަޑެއް އިއްވައިގެންވެސް ރައްޔިތުންގެ އަޑު ކަނޑުވާލަން އުޅޭނެއެވެ.

ރޭގައި މާލޭގައި އޮތް މުޒާހަރާގައި މުއިއްޒުގެ ވެރިކަން ނުވެއްޓުނީތީ އެންމެ ކަންބޮޑުވެގެން އުޅެނީ މުއިއްޒު ބާނދިންނާއި ޅިޔަނުންނާއި މުސާރަވެރިންނާއި ކުލީ ގަލަންތަކެވެ. މުއިއްޒުގެ ވެރިކަމަކީ ބަލިކަށި ދެންމެދެންމެ ވެއްޓޭވަރުގެ ސަރުކާރެއް ކަމަށްވެސް ގަބޫލު ކުރަނީ މުއިއްޒުގެ އައުވާނުންނެވެ. އެހެންނާ ފަހެ! މި ބައިގަނޑު މަގަށް ނިކުމެ ފަޔަށް ހިނި އަރައިގެން އުޅުނީ އެއްރެއަކު ދެރެއަކު ނޫނެވެ.

]]>
Sat, 04 Oct 2025 20:02:38 +0500 އެޑިޓަރ
އޮކްޓޯބަރ 3 ގައި މުޒާހަރާއަށް ނިކުންނަންޖެހޭ ސަބަބުތައް މިއޮތީ! https://heerasnews.com/3588 https://heerasnews.com/3588 ރައީސް މުއިއްޒު ސަރުކާރު ހަމައިންނައްޓާލާ ގައުމު ލޫޓުވުން ހުއްޓުވަން އޮކްޓޯބަރު 3 ގައި ނިކުންނާތީ ބަޔަކު ބިރުން ތުރުތުރު އެބައަޅައެވެ. 3 އޮކްޓޯބަރ މުޒާހަރާ ވައިގައި ހިފިޔަ ނުދިނުމަށް ސަރުކާރުން މަރުފަލި އެބަޖަހައެވެ. ކަމަކަށްފަހު ކަމެއް ކޮށްގެން ވީހާވެސް ގިނަ ބަޔަކު މުޒާހަރާއަށް ނުނިކުންނާނެ ގޮތެއް އެބަހަދައެވެ. 

މުޒާހަރާ ރާވާ ހިންގާ އިދިކޮޅު އެމްޑީޕީ ގެ ލީޑަރޝިޕަކީ ވަގުންކަމަށް ތުހުމަތުކޮށް ގައުމު ލޫޓުވާލީ އެމްޑީޕީންކަމަށް ދެއްކުމަށް ސަރުކާރުން ނުކުރާ މަސައްކަތެއް ނެތެވެ. ދަންވަރަށް ނެރޭ އޯޑިޓް ރިޕޯޓުތަކާއި އަވަސް އަރުވާލައިގެން ކުރާ ނުހައްގު ހުކުމްތަކުން ރާހަތެއް ނުކުރިއެވެ. ބަޖެޓްގައި ހިމެނިފައި ނެތަސް ސިވިލް ސާވިސް ޢާއި ކައުންސިލްތަކާއި ޖުޑިޝަރީ މުއައްޒަފުންގެ މުސާރަ ބޮޑުކުރާ ވާހަކަ ދައްކައިގެންނާއި މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރާ ކަމަށް އަޑު ފަތުރައިގެން ވެސް މީހުން ހުއްޓުވޭ ގޮތެއް ނުވިއެވެ. އެތައް ސަތޭކަ މިލިޔަން ޑޮލަރު ހަރަދު ނުކޮށް ރިނޮވޭޓް ނުކުރެވޭވަރު ވެފައިވާ އައްޑު އަތޮޅު ވިލިގިލި ( ޝަންގްރިއްލާ ރިސޯޓް) ދެތިން ކޮޓަރި މަރާމަތު ކޮށްލައިގެން ހުޅުވާދޭން އާދޭސް ކުރަނީ އައްޑު މީހުން މައިތިރި ކުރެވޭތޯކަން އައްޑޫ އެންމެންނަށް އެނގެއެވެ. 

3 އޮކްޓޯބަރގައި ނިކުތުން ހުއްޓުވަން ބޭނުންވި ނަމަ 110 ބިލިއަން ރުފިޔާ ބަޖެޓުން ހުސްކުރިއިރު ރައްޔިތުންނަށް ފައިދާއެއް ވީހެވެ. އެންސްޕާއިން 35 މިލިއަން ރުފިޔާ ވަގަށް ނަގައިގެން މުއިއްޒު ޕްރޮމޯޓް ކުރަން ޓީވީ ޗެނަލެއް ނުހެދީހެވެ. އާސަންދައަށް ދަތިކޮށް ބޭސް ސިޓީއަށް ސަލާން ޖަހަން މަޖުބޫރު ނުކުރީހެވެ. ކަރަންޓު ބިލުތައް ބޮޑުކޮށް ރައްޔިތުން ފެލަމަކުން ނުގެންދިޔައީހެވެ. އާއްމު ރައްޔިތުންގެ ކުންފުނިތަކާއި ފިހާރަތަކާއި ހިދުމަތްދޭ ތަންތަނުން ހޯދާފައިވާ ހިދުމަތްތަކަށް ދޭންޖެހޭ އަގު ނުދީއެއް ނުބެހެއްޓީހެވެ. ރާއްޖޭގައި ބޭސް ވިއްކާ އާއްމުންނަށް ވަގަކަށް ނުގޮވީހެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ލުއިފަސޭހައެއް ކޮށްނުދޭތާ ޒާތްޒާތުގެ ޓެކްސްތަކާއި ފީތައް ބޮޑުކޮށް އާމްދަނީގެ %40 ސަރުކާރަށް ދަމައިގަންނަމުން ޑޮލަރު މާރުކުރަން މަޖުބޫރެއް ނުކުރީހެވެ. 

އޮކްޓޯބަރު 3 ގައި ނުކުންނަނީ ރިޝްވަތު ދީގެން މަޖިލީހުން 13 މެންބަރުން ގަނެފައިވާތީއެވެ. ރައްޔިތުންނަށް ދޮގު ވައުދުގެ ދަޅަދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ހޯދައިގެން ރައްޔިތުންނަށް ހަރާން ކޯރުވާތީއެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ފަސްޓް ކުލާހުގައި ބޮޑެތި ފައުޖުތައް ގޮވައިގެން ދަތުރުކޮށް ހޭނުބަހައްޓާ އިސްރާފު ކުރާތީއެވެ. ރަސްމާލެ ހިއްކުމުގެ ނަމުގައި ބިލިއަން ރުފިޔާގެ ދަރަނި ނަގައި އިސްރާފު ކުރަމުންދާތީއެވެ. ޑްރޯން ގަތުމުގެ ނަމުގައި 560 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާތީއެވެ. ގައުމުގެ ހާލަތާ ނުބައްދަލު ބޮޑެތި މަނަވަރު ގެނެސްގެން ކުރަން ނުޖެހޭ ބޮޑެތި އިސްރާފް ކުރާތީއެވެ. ގޮތްނޭނގޭ ސްކޭމަރުންނާ ގުޅިގެން ސްކޭމް ހިންގާ އެތައް މިލިޔަން ޑޮލަރެއް ގެއްލުވާލާތީއެވެ. ސިޔާސީ އައުވާނުންގެ އެތައްބައެއްގެ އާއިލާތަކަށް، ބޭރުގައި ހުންނަ އެންބަސީތަކަށް ފޮނުވައިގެން ޑޮލަރުން ބޮޑު މުސާރަދޭތީއެވެ. ބޭރުގައި ކިޔަވަންތިބި ކުދިންނަށް ސަރުކަރުން ދޭންޖެހޭ ފައިސާ ނުދީ ދިވެހި ކުދިން ބޭރު ގައުމުތަކުގައި މަގުވަތި ވާތީއެވެ. ދިން ތާކުން ދިން ގޮތަކަށް ދިން މީހަކަށް ދޭން ބުނި ގޯތިތަކާއި ފްލެޓްތައް ނުދީ ހިފަހައްޓާތީއެވެ.

އޮކްޓޯބަރު 3 ގައި ނުކުންނަނީ ރައްޔިތުން އިންތިހާބު ކުރި މަންދޫބުން އަޅުވެތިކޮށް ރައްޔިތުންގެ ބާރު ފޭރިގެންފައިވާތީއެވެ. ގާނޫނާ ހިލާފަށް ފަނޑިޔާރުން ވަކިކޮށް ސުޕްރީމް ކޯޓު ފުނޑާ ލީތީއެވެ. ހައްގަކުން ހައްގަކުން ލޫޓުވަމުން ގޮސް ރައްޔިތުން އަޅުވެތި ކުރަމުން ދާތީއެވެ. ސިޔާސީ މަގާމުތަކުން ސަރުކާރުގެ މަތިބަރުކޮށް ހައްގުނޫން ބަޔަކަށް މުސާރައިގެ ގޮތުގައި ދައުލަތުގެ ހަޒާނާ ބަހާލާތީއެވެ. އޮކްޓޯބަރު 3 ގައި ނުކުންނަނީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި 20ރ އިން މައްޗަށް ޑޮލަރު އަރާ ޒަރޫރީ ބޭނުންތައް ނުފުއްދޭ ހިސާބަށް ކަންކަން ގޮސްފައިވާތީއެވެ. ހިޔާލާއި ފިކުރުގައި ތަޅު އަޅުވައި މިނިވަން ނޫސްވެރިކަން ސަރުކާރުން މަރާލީތީއެވެ. ގުޅިގެން ބައިއަޅައިގެން ދައުލަތް ލޫޓުވާލާތީއެވެ. 

]]>
Thu, 02 Oct 2025 09:31:10 +0500 އެޑިޓަރ
ސާޖިދާގެ ނޯޕޭލީވުން ފެށިގެން މުޅި ސަރުކާރުގައި ކޮރަޕްޝަން! https://heerasnews.com/3574 https://heerasnews.com/3574 ކޮރަޕްޓް ނުވެ ސަރުކާރު ހިންގާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ޑރ. މުއިއްޒު ދިނެވެ. ކޮރަޕްޝަނުގެ ކަމެއް ހިނގާނަމަ އަޅަންޖެހޭ ގާނޫނި ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅާނެކަމަށް ވެސް ބުންޏެވެ. ހިޔާލު ތަފާތުވުމެއް އެކަމުގައި ނޯންނާނެކަމަށް ވެސް މުއިއްޒު ބުންޏެވެ. 2023 ގައި ރާއްޖޭގެ ވެރިކަން ހޯދުމަށް ފަހު ޑރ. މުއިއްޒުގެ ވާހަކަ ހުރީ އެހެންނެވެ. 

ހަގީގަތުގައިވެސް ޑރ. މުއިއްޒު ސަރުކާރު ހިންގަނީ ކޮރަޕްޓް ނުވެހެއްޔެވެ. ވެރިކަމުގައި ނިމެމުން މިދާ 2 އަހަރު ތެރޭގައި ސަރުކާރުގެ ކޮރަޕްޓް ވާހަކަ ނޫން ވާހަކައެއް ނުއިވެއެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ކޮރަޕްޝަނާއި ފަސާދަ ހިންގާތަނެވެ.

އަނބިމީހާ އަށް ހައްގުނޫން ނޯޕޭ ލީވެއް ދީގެން ކޮންޓްރެކްޓު އުސޫލުން ސިވިލް ސާވިސްގައި ގެންގުޅެމުން ފަސްޓްލޭޑީ އެލަވަންސް ނެގުމުން ފެށިގެން ކޮރަޕްޝަން ނުހިންގާ ވަކިކަމެއް ނެތެވެ. އިދިކޮޅު ޕާޓީގެ މަޖިލިސް މެންބަރުންގެ ތެރެއިން 13 މެންބަރުން ރިޝްވަތުގެ ހުތުރު ފައިސާއާއި ސިޔާސީ ވަޒީފާތައް ދީގެން ގަނެލި ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. 

ބިޔަ ބޮޑު ޕީޕީއެމް ވުޖޫދުން ފުހެލާ ޕީޕީއެމަށް ދައުލަތުން ދިން ހުރިހާ ފައިސާއާއި ޕީޕީއެމްގެ މުދަލާއި މެންބަރުން ޕިއެންސީއަށް ފުރޮޅާލީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިންނެވެ. ރޯމާދުވާލު ޑީއެންއާރުން މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީ ބޮޑުކޮށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޖަންކެއް ފޭރިގަތް ބަޔަކަށް ޕީއެންސީ ހެދީ ކޮރަޕްޝަނުގެ ތެރެއިންނެވެ. އާއިލާ މީހުންނާއި ރައްޓެހިންނާއި ސަނާކިޔާހާ މީހަކަށް ސަރުކާރުގެ ވަޒީފާތައް ބަހާލާ ސިޔާސީ ވެރިން އިސްކޮށްގެން ދައުލަތް ލޫޓުވާލަނީ ކޮރަޕްޝަނުގެ ތެރެއިންނެވެ. 

ބަޖެތް ނެތި ރަސްމާލެ ހިއްކަންފަށާ ރާޖޫއަށް ބިޔަ ބޮޑެތި ބިންތައްދީ އެއްބަސްވުން ބާތިލުކޮށް ދައުލަތުގެ އަގުބޮޑު އެތައް ބިމެއް ރާޖޫއަށް ވަނީ ދީފައެވެ. ދުނިޔޭގެ ސްކޭމަރުންގެ އެތައް ބަޔަކާއެކު ބޮޑެތި ޑީލްތައް ހަދާ ދައުލަތުން އެތައް މިލިޔަން ޑޮލަރެއް ތާޅާ ބުރުވާލައިފިއެވެ. 

ކޮރަޕްޝަނާއި ފަސާދައިގެތެރެއިން އެޗްޑީސީ ފަޒްލު އިސްވެހުރެ ވަނީ ނޮޅާލާފައެވެ. ބާރަށު ޝުޖާއު އާއި ފަލާހު ކަހަލަ އެތައް ބަޔަކު ދައުލަތުގެ ތެރެއިން ހައްގުނޫން މުއްސަދިކަން ހޯދާ ދައުލަތް ދަނީ ލޫޓްވަމުންނެވެ. 

ބަލަންޖެހޭ ބެލުމެއް ބަލާ އަޅަންޖެހޭ އެއްވެސް ގާނޫނީ ފިޔަވަޅެއް އަޅާފައެއް ނެތެވެ. ހިޔާލު ތަފާތުވުމެއް ނެތި އަޅާނެކަމަށް ބުނި އެންމެ ފިޔަވަޅެއްވެސް މުއިއްޒަކަށް ނޭޅެއެވެ. އަޅާނެ ހިއްވަރެއް ކެރުމެއްވެސް މުއިއްޒުގެ ނެތެވެ. ޓީމުން އެހެން މީހަކަށް ފިޔަވަޅެއް އެޅޭނީ މުއިއްޒުގައި ކޮރަޕްޝަނާއި ރިޝްވަތާއި ހިޔާނާތްތެރިކަން ނެތްނަމަތާއެވެ. ދައުލަތުގެ އެކިފެންވަރުގެ ވެރިން ކުރާކޮންމެ ވައްކަމަކުން މުއިއްޒަށް ބައިއެޅޭކަމަށް ބުނަ މީހުން ގައުމުގައި މަދެއް ނޫނެވެ. 

]]>
Thu, 25 Sep 2025 15:55:43 +0500 އެޑިޓަރ
މީޑިއާ ކޮންޓްރޯލް ބިލާއި އަބުރުވެރި ގުއިރަސްގެފާނު https://heerasnews.com/3562 https://heerasnews.com/3562 އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނެއް އުފަން ކުރުމަކީ ކުލީ ނޫސްވެރިންނަށް ވަރަށް ހިތްގައިމުކަމެއް ކަމަށްވެގެން ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރުން އެބަ ދިފާއު ކުރެއެވެ. މިއަދު މާ ދީންވެރިވެގެން އަބުރު ރައްކާތެރި ކުރުމުގެ ވާހަކަ ދައްކާ ބައެއް މީހުންގެ މާޒީ އެ މީހުން ހަނދާން ނެތުނަސް ކާކަކީ ކާކުކަން އެނގޭ މީހުން ރާއްޖޭގައި ބައިވަރު އެބަތިއްބެވެ. 

މީޑިއާ ކޮންޓްރޯލް ގާނޫނު އައުމުން ވެރިން އަމުރުކޮށްގެން ދެން ދޮގު ހަބަރު ލިޔަން ނުޖެހޭނެތީ އުފާވެގެން "ގުއިރަސްގެފާނު" ވެސް ދަތްމައްޗަށް ތުންނާރައެވެ. އަބުރު ރައްކާތެރި ކުރުމަށް އިލާހީ އަމުރުފުޅެއް އޮތްކަން ގުއިރަސްގެފާނަށް އެނގެނީވެސް މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރުމުންނެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. މައުމޫނު ވެރިކަމުގެ ފަހުކޮޅުގައި މައުމޫނުގެ ދެއަތު ދެ ވިންގުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރު ހޯދަން މީޑިއާ ބޭނުންކޮށްގެން އާޑަ ފުރައްސާރަ ކުރިއެވެ. ވަގު ނަން ނަމުގައި ވެބް ސްއިޓްތައް ހަދައިގެން އެއްބަޔަކު އަނެއް ބަޔަކަށް އޮރިޔާން ކުރަމުން ދިޔައެވެ. ހަގީގަތެއް ތެދެއް ދޮގެއް ނުބަލައެވެ. އަބުރެއް އިންސާނީ ކަރާމަތެއް އެ މީހުނަށް އެ ދުވަހަކު ނެތެވެ. 

މައުމޫނުގެ ދެއަތު ދެވިންގް މަސައްކަތްކުރީ ދެއަތަށެވެ. ކުރިމައްޗަށް ފެންނަން ތިބެނީ ޔާމީނާއި ގާސިމެވެ. އެންދެރި ވިންގާއި ގާސިމްގެ ފަތިފުށް ހާމަކޮށް ނޮޅާ ކަށިކާން ކާމިނީ ވިންގުން ބޭނުންކުރީ "ކޮއިމަލާ" އެވެ. ޔާމީނާއި ކާމިނީ ވިންގް ބަރަހަނާކޮށް އަބުރު ކަތިލުމުގެ މަސައްކަތްކުރީ "ގުއިރަސްގެފާން" އެވެ. 

ގުއިރަސްގެފާނަކީ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތް ގާއިމުކޮށްދީގެން ގާސިމުގެ މަސްލަހަތުގައި މީހުންގެ އަބުރުކަތިލި އަންޑަރ ގްރައުންޑް ވެބް ސައިޓެކެވެ. ގުއިރަސްގެފާނު ހިނގުމުގެ އަމަލީ މަސައްކަތުގައި އުޅުނީ ކާކުކަން ނޭނގޭ މީހަކު މަދުވާނެއެވެ. ނަމުން ކިތަންމެ ލަތީފީ ވިޔަސް ގަބިއްޔާ ހަމަ ގަބު ވާނެތާއެވެ.

ގުއިރަސްގެފާނު ހިންގާ ދިނުމުގެ ކައްފާރާއެއްގެ ގޮތުން ދުވަހު ނޫހެއް ގަނެދީ އެ ނޫސް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތަކާއި ހަރަދަކާއި މުއައްޒަފުންގެ މުސާރައަށް ދަންދެން ވެސް ގުއިރަސްގެފާނަށް ދެމުންދަނީ މިއަދު ވެސް ގާސިމެވެ. ލިބޭ ހުރިހާ އިސްތިހާރަކާއި ސްޕޮންސަރއެއްގެ ފައިސާވެސް ގާސިމަށެވެ. 

މިއަދު މާދީނީ ސިފައެއްގައި ދެއްކުމުން ހަގީގީ ސޫރަ ނޭނގޭ ބަޔަކަށް ނޭނގި އޮވެދާނެއެވެ. އަބުރޭ އިންސާނީ ކަރާމަތޭ ކިޔައިގެން މިއަދު ފެންނަ މަންޒަރު ބަދަލުކޮށްގެން ހުއްޓަސް އުފެދުމުގައިވެސް ގަބު ގުއިރަސްގެފާނު ވާނީ ގުޔަށެވެ. ކުލީ ގަލަމުން ނިކުންނާނީ ވެސް ކުލީ ދެއްޔެވެ. 

]]>
Sat, 20 Sep 2025 09:59:29 +0500 އެޑިޓަރ
މީޑިއާ ކޮންޓްރޯލް ބިލް އުފަންކުރީ ޗެނަލް 13 ބަންދުކުރަން https://heerasnews.com/3561 https://heerasnews.com/3561 މީޑިއާ ކޮންޓްރޯލް ގާނޫނަކީ އަބުރު ރައްކާތެރި ކުރުމުގެ ހެޔޮނިޔަތުގައި ވުޖޫދުކުރި ގާނޫނެއް ނޫނެވެ. އަބުރު ރައްކާތެރި ކުރުމުގެ ނިވަލުގައި ގާނޫނެއް އުފަންކޮށްގެން ކުރަން އުޅޭކަމަކީ ވަކި މީޑިއާތަކެއް ވުޖޫދުން ފުހެލުމާއި ބައެއް މީޑިއާ ވާގި ނައްތާލުމެވެ. 

މިނިވަން މީޑިއާ ނައްތާލުމުގެ އިސް މޭސްތިރިއަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ އަހުމަދު ނަޒިމް ކަމަށް ބެލެވެއެވެ. ނާޒިމް އެހާބޮޑަށް އެކަމަށް ބޭނުންވަނީ ކީއްވެހެއްޔެވެ. 

ނާޒިމަކީ ރައީސް ޔާމިނު ވެރިކަމަށް އައުމުގެ ކުރީން ރައީސް ޔާމީނުގެ މިތުރުގެ ގޮތުގައި މަޝްހޫރު ވެފައިވާ މުޅި ރާއްޖެ ދަންނަ މީހެކެވެ. ތަފާތު ޕްރެޝަރތަކާ ހުރެ ވެރިކަމަށް އަންނަން މަސައްކަތް ފެށި ހިސާބުއްސުރެ ރައީސް ޔާމިނަށް މިތުރު ނާޒިމާ ފެޔަށް ޖެހެން މަޖުބޫރު ވިއެވެ. އަދި ރައީސް ޔާމީނު ވެރިކަމުގައި ނާޒިމުގެ ސިޔާސީ ބާރު މުޅިން ކަނޑުވާލާ 25 އަހަރަށް ޖަލަށްލުން ވެގެން ދިޔައީ އެ ދެ މީހުންގެ ހަސަދަވެރިކަމުގެ ހުޅުފަޅައިގެން ދިޔަކަމަށެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި ނާޒިމް ޖަލުން ސަލާމަތްވެ ޕީޕިއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް މުއިއްޒަށް ޖަހައިގަތުމުގެ މާސްޓަރ މައިންޑަކީ ވެސް ނާޒިމު ކަމަށް ސިޔާސީ މުފައްކިރުން ބުނެއެވެ.

މުއިއްޒަށް މުޅި ޕީޕިއެމް ދަމައިގަނެވުނު ނަމަވެސް ޗެނަލް 13 އަތުލައެއް ނުގަނެވެ. ޗެނަލް 13 ވީ ޔާމީނުގެ މައުތު ޕީސްއަށެވެ. މުއިއްޒަށް ސިޔާސީ ގޮތުން އެންމެ ގެއްލުންދޭ ޗެނަލަކަށް ޗެނަލް 13 ވުމަކީ މުއިއްޒަށާއި ނާޒިމަށް ހަޖަމުކުރެވޭ ކަމަކަށް ނުވިއެވެ. 

އެހެން އެކަން އޮއްވާ ޗެނަލް 13 އިން ގެނެސްދިން " ބެލްކަނި " ވީޑިއޯ ރިޕޯޓް ވެގެން ދިޔަޢީ މިނިވަން މީޑިއާ އުލުބައިންދަން ނަމިރާ ނާޒިމް ތެދުވަން ޖެހުނު ސަބަބަށެވެ. ޗެނަލް13 ބަންދުނުކޮށް ނަމިރާ ނާޒިމަށް ހަމަނިދި ނުނިދޭނެ ކަމަށް ބުނެއުޅެއެވެ.

]]>
Fri, 19 Sep 2025 20:40:30 +0500 އެޑިޓަރ
މީޑިއާ ކޮންޓްރޯލް ބިލަކީ ވަރަށް ބޮޑަށް އުނި ބިލެއް: ޑރ. ސަވާދު https://heerasnews.com/3556 https://heerasnews.com/3556 މީޑިއާ "ރެގިއުލޭޓް" ކުރުމަށް ފާސްކޮށްފައިވާ ބިލަކީ ވަރަށް ބޮޑަށް ފުރިހަމަ ނޫން އުނި ބިލެއްކަން ޑރ. އަހުމަދު އަލީ ސަވާދު ފާހަގަ ކުރައްވައެވެ. ކޮންޓްރޯލް ބިލުން ހުލާސާ ގޮތެއްގައި ޑރ. ސަވާދު ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބަލައިލުމުން މީޑިއާ ކޮންޓްރޯލް ބިލަކީ މިނިވަން ކަމާއެކު ހިޔާލުފާޅުކޮށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ރޭވިގެން ސަރުކާރުން އަރައިގަތް އަރައި ގަތުމެއް ނޫންކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ.

މީޑިއާ ރެގިއުލޭޓް ބިލުން އެންމެ ބޮޑަށް އުނިކަމަށް ޑރ. ސަވާދު ފާހަގަކުރައްވާ އެއްކަމަކީ މީޑިއާތައް އޭގެ އަމިއްލަ ޒާތުގައި ރެގިއުލޭޓް ކުރުން ނުވަތަ މީޑިއާތައް ބައިވެރިވެގެން ރެގިއުލޭޓް ކުރުމަށް ގަބޫލުކުރެވި ބަލައިގެންފައިވާ ބައިނަލްއަގުވާމީ މިންގަނޑުތައް ބަލިކަށިކޮށްލާފައި އޮތް އޮތުމެވެ. މީޑިއާ އަމިއްލަ ޒާތުގައި ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ގާނޫނު އަސާސީގެ ޑިމޮކްރެޓިކް އުސޫލުތަކާވެސް ހިލާފަށް، ދައުލަތުގެ ބާރުގެ ދަށުން ހިންގޭ ރެގިއުލޭޓަރީ ނިޒާމެއް ތައާރަފު ކުރާ ކުރުމެވެ. 

ދޮގު ހަބަރާއި، އޮޅުވާލުމުގެ މައުލޫމާތާއި، ނުބައިކޮށް މައުލޫމާތު ދިނުމުގެ މައްސަލަތައް ހައްލުކުރުމަށް ހާމަކަން ބޮޑު ހަގީގަތް ދެނެގަތުމުގެ ނިޒާމެއް ހުށަހެޅުމުގައި މީޑިއާ ރެގުލޭޓް ބިލް ވަނީ ނާކާމިޔާބު ވެފައިކަމަށް ޑރ. ސަވާދު ފާހަގަ ކުރައްވައެވެ. އޭގެ ބަދަލުގައި، މައްސަލަ ހައްލުކުރުމަށް އަދަބު ދިނުމާއި ސެންސަރ ކުރުމަށް ދީފައިވަނީ މާބޮޑު އިސްކަމެއްކަން ފާހަގަ ކުރައްވައެވެ. 

އަމިއްލަ ފަރާތްތަކުގެ މީޑިއާތަކަށާއި އާންމު ހިދުމަތްތަކުގެ މީޑިއާތަކުގެ މިންގަނޑުތައް އެކަށީގެންނުވާ ގޮތެއްގައި ތަތުބީގު ކުރެފިއޮތް އޮތުމަކީ އެހާމެ ބޮޑު ގޯހެއް ކަމަށާއި ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރުމާ ގުޅޭ މާއްދާތައް ބިލުގައި ހިމަނާފައިވާތީ، މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ސޯޝަލް މީޑިއާވެސް ކޮންޓްރޯލް ކުރެވޭ ގޮތަށް އޮތްއޮތުމަކީވެސް އެހާމެ ބިރުވެރި ކަމެއްކަން ޑރ. ސަވާދު ފާހަގަ ކުރައްވައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ގާނޫނީ އިޖުރާއަތުގެ ހައްގުތަކަށް މީޑިއާ ރެގިއުލޭޓް ބިލުން ގެނެސްފައިވާ ހަނިކުރުންތައް، ޤާނޫނު އަސާސީގެ 16 (ހ) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 'އެކަށީގެންވާ ހަނިކުރުންތަކުގެ' މިންގަނޑުތަކަށް ނުފެތޭ ކަމަށްވެސް ޑރ. ސަވާދު ވިދާޅުވެއެވެ،

]]>
Thu, 18 Sep 2025 08:41:07 +0500 އެޑިޓަރ
މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރުމަކީ ހިޔާލުފާޅުކުރުމާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުން https://heerasnews.com/3550 https://heerasnews.com/3550 ބާރުގެ ބޭނުންކޮށްގެން މީޑިއާ ކޮންޓްރޯލް ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްލި ކޮށްލުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. 

ބާރުގެ ބޭނުންކޮށްގެން މީޑިއާ ކޮންޓްރޯލް ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރުން މިނިވަންކަމުގެ ބަދަލުގައި ބިރުވެރިކަން މިއަދު ހިޔާރުކޮށްފިކަމަށެވެ.

ނޫސްވެރިންގެ އަޑު ކަނޑުވާލާ ސަރުކާރަކީ ހަގީގަތާއި ކުރިމަތިލުމުގެ ހިތްވަރު ގެއްލިފައިވާ ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމު ކުރިމަތިލާންޖެހިފައިވާ ހީނަރުކަން ރަނގަޅުކުރުމުގެ ބަދަލުގައި، އެމީހުން ( ސަރުކާރުން) މަސައްކަތް ކުރަނީ އެމީހުން ޖަވާބުދާރީކުރުވާ އަޑުތައް ހިމޭންކުރުމަށް" ކަމަށް ޝާހިދު ވިދާޅުވިއެވެ. 

މީޑިއާގެ އަނގަ ބަންދުކުރަން މަސައްކަތްކުރި އެއްވެސް ސަރުކާރެއްގެ ނިމުން ރަނގަޅުވެފައި ނުވާކަމަށް ތާރީހު ސާފުކޮށް ދައްކައިދޭ ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.

މިނިވަން މީޑިއާއާއި، ޑިމޮކްރަސީއަށް ތަބާވާ ކޮންމެ ދިވެއްސަކާއެކު ވަކިވެގެން އެމްޑީޕީ މެންބަރުން ތިބޭނެކަމަށް ވެސް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބާރުގެ ބޭނުންކޮށްގެން މީޑިއާ ކޮންޓްރޯލް ބިލް ފާސްކޮށްފައެވެ، 

]]>
Tue, 16 Sep 2025 20:01:43 +0500 އެޑިޓަރ
ފުލުހުން ނޫސްވެރިން ގައިން ލޭ ކޮށާލައިފި https://heerasnews.com/3549 https://heerasnews.com/3549 ރާއްޖޭގެ މީޑިއާތައް ކޮންޓްރޯލް ކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅުވައިގެން އުޅޭ  މީޑިއާ ކޮންޓްރޯލް ބިލް ބޭރުކޮށްލަން ގޮވާލައި މަޖިލިސް ކައިރީގައި މުޒާހަރާކުރި ނޫސްވެރިންނަށް އަނިޔާކޮށްފި އެވެ.

ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލުގައި ކަކޫ އަޅާ އަންނައުނަށް ބޮޑެތި ގެއްލުންދީފި އެވެ. އަނިޔާކޮށް ބައެއް ނޫސްވެރިންގެ ހަށިގަނޑުން ފުލުހުން ލޭ އޮހޮރުވާލާފައިވެސްވެއެވެ.

އަނިޔާކޮށްގެން ގަދަބާރުން ނޫސްވެރިން ފަހަތަށް ޖެއްސިޔަސް މުޒާހަރާ ހުއްޓާނުލައި ކުރިއަށް އެބަދެ އެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް މިއަދު ހެނދުނުއްސުރެ ނޫސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

ނޫސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށް ސަރުކާރަށް ތާއީދު ކުރާ  ބަޔަކު ވަނީ މަޖިލިސް ކައިރިއަށް އެއްވެ މުޒާހަރާއެއް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެ މުޒާހަރާއަށް އެއްވެސް ހުރަހެއް ނާޅަ އެވެ.

ފުލުހުންގެ ޝިކާރައަށްވީ ނޫސްވެރިންގެ ތެރޭގައި އެމްޖޭއޭގެ އިންތިހާބީ ރައީސް އަހްމަދު ނާއިފާއި އިންތިހާބީ ނައިބު ރައީސް މުހައްމަދު ޝަހްޒާން ހިމެނެ އެވެ.

]]>
Tue, 16 Sep 2025 16:48:41 +0500 އެޑިޓަރ
ރިސޯޓްތަކަށް އޮންނަ ދޮންފަނަށް ނުއޮންނަ ފަރުހައްގު https://heerasnews.com/3544 https://heerasnews.com/3544 ރިސޯޓެއްގެ ބޭރުމައްޗާއި ފަރާއި ފަޅަށް ފައިބައިގެން ފީނުމާއި މަސްވެރިކަން ކުރުމާއި އެނޫންވެސް ބޭނުމެއް ރިސޯޓުގެ ހުއްދަނެތި ކުރުމަކީ މަނާކަމެކެވެ. އެހެނެއް ކަމަކު މީހުން އުޅޭ ރަަށެއްގެ އިހުތިސޯސްގައި ހިމެނޭ ސަރަހައްދެއްގައި ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރިޔަސް އެއްޔަކީ މަނާ ކަމަކަށް ނުވެއެވެ. 

ބ. ދޮންފަނު ގެ އިހުތިސޯސްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ސަރަަހައްދުގައި ފީނާ އެ ސަރަހައްދުގެ ގުދުރަތީ މުއްސަދިކަމުގެ ފައިދާ ނަގައިގެން ވިޔަފާރި ކުރުމަކީ އާއްމު ކަމެކެވެ. ދޮންފަނުގެ ފަރުގެ މުއްސަދިކަމުގެ ފައިދާ ހުއްޓާނުލާ ނަގަމުން ދާއިރު ދޮންފަނަށް އެކަމުން ކުރާ ކުޑަވެސް ރާހަތެއް ނޯވެއެވެ. 

އެންމެފަހުން އެކަން ބޮޑުވެ ދޮންފަނުގެ އިހުތިސޯސްގައި ހިމެނޭ ސަރަހައްދަށް ފީނާ އެ ސަރަހައްދުގެ ފައިދާނެގުން ދޮންފަނު ކައުންސިލުން މަނާކުރުމުން ހީވީ އެހެން ކަމެއް ހެންނެވެ. ދޮންފަނުގެ އިހުތިސޯސުން ފައިދާނެގުން ހުއްޓުވުމަށް ދޮންފަނު ރައްޔިތުން ދޯނިފަހަރުގައި ނިކުތުމުން އެކަމަކީ ބައެއްގެ ހައްގުތަކަކަށް އަރައިގަތުން ކަމަށްވެއްޖެއެވެ. 

ހަނިފަރުބޭ ނޫނަސް ދޮންފަނު ހައުސް ރީފް އަކީ ދެވަނައެއް ނެތްފަދަ ގުދުރަތީ ދިރުންތަކުން މުއްސަދި ވެއްޓެކެވެ. ވެލަޔާއި ކަހަނބުން މުއްސަދި މަދުން ނޫނީ ނުފެންނަވަރުގެ ހިތްގައިމު ފަރެކެވެ. ފަތުރުވެރިންނަށް ފިސާރި މަގުބޫލު މާހައުލެކެވެ.

ޔުނެސްކޯ ބަޔަސްފިޔަރ ރިޒާވަށް ގެއްލުމެއް ވެދާނެތީ ދޮންފަނު ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދޮންފަނު ބިން ހިއްކޭކަށްނެތެވެ. ދޮންފަނު ފަރުގެ ގުދުރަތީ މުއްސަދިކަމުގެ ފައިދާ ނަގައިގެން ދޮންފަނަށް އެއްވެސް އަގެއް ނުދައްކާ އެހެން ބަޔަކު އާމްދަނީ ހޯދާއިރު އެކަން ހުއްޓުވުމުގެ ހައްގެއްވެސް ދޮންފަނު ރައްޔިތުންނަކަށް ނެތެވެ. 

ދޮންފަނު ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ބިންހިއްކަން ރައީސް މުއިއްޒު ވައުދުވެ ދޮންފަނު ރައްޔިތުންގެ ކުރިމަތީގައި ބާރަށް އަތްޖަހާފައި މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ފަހު ބިން ހިއްކުން ހުއްޓާލައިގެން ސަރުކާރުން އެއޮންނަނީ ހިރުވާތަން ކަހާވެސް ނުލައެވެ. ދެވަނަ ވިސްނުމަކަށްގޮސް ދޮންފަނު ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް ހޯދާދޭނަމޭވެސް ހިތަށް ނާރައެވެ. 

ދޮންފަނު ރައްޔިތުން ކަނޑުމަތީގައާއި ރަށުތެރޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުން ދާތާ ހަފުތާއެއް ވާންދާއިރުވެސް ރައީސް މުއިއްޒު އެޅުއްވަނީ ނޫސްވެރިން ނުބަނދެވިގެންނެވެ. ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެދޭގޮތަށް ކަންތައްކޮށްދޭ ސަރުކާރެކޭ ބުނެ ދޮންފަނު ރައްޔިތުންނަށް ދޯކާދީ ދޮގުހަދާފައި ދޮންފަނު ރައްޔިތުންގެ އަޑުނީވޭހާ ރައީސް ބީރުވެފައި ކަނުވެފައި މަންމަނީ ހެއްޔެވެ. އެހެނެއް ކަމަކު ދޮންފަނު މީހުންތިބީ ކޮޅެއްގައި ނުޖައްސާ ދޫދޭ ގޮތަކަށް ނޫނެވެ.

]]>
Sun, 14 Sep 2025 10:02:13 +0500 އެޑިޓަރ
ވައްކަން ކުރަންޏާ އެވާހަކަ ދައްކާނެ: މޭޔަރ އާޒިމް https://heerasnews.com/3542 https://heerasnews.com/3542 މެންބަރުންނާއި ވެރިން ވައްކަން ކުރަންޏާ އެވާހަކަ ދައްކާނެ ކަމަށް މާލެސިޓީގެ މޭޔަރ އަދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭ މޭޔަރ ވިދާޅުވީ އެ ވާހަކަ ދެއްކެން ޖެހޭނެ ކަމަށެވެ. މިނިވަން މީޑިއާ ތަޅުއަޅުވާ ބިލަކީ ހަމައެކަނި ނޫސްވެރިންގެ މިނިވަން ކަމަށް އެޅޭ ހުރަހެއް ނޫންކަމަށާއި އެކަމަކީ ހިޔާލު ފާޅުކުރާ ކޮންމެ މީހެއްގެ މިނިވަންކަން ނިގުޅައިގަތުމަށް ކުރާ ކަމެއް ކަމަށް އާޒިމް ސިފަކުރެއްވިއެވެ.

މިނިވަން މީޑިއާ ތަޅުއަޅުވާ ބިލު ފާސް ކުރިޔަސް އެ ބިލަށް އެއްވެސް ބޭފުޅަކު ތަބާ ނުވުމަށް ގޮވާލައްވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެހެން ވިދާޅުވީ ހިޔާލާއި ފިކުރު ކަފުނަށް ނަމުގައި ނޫސްވެރިން ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ. 

މޭޔަރ އާޒިމް ވިދާޅުވީ މެންބަރުންނާއި ވެރިން ހަމަ މަގަށް އަޅުވަން ތިބީ ރައްޔިތުން ކަމަށެވެ. ރައްޔިތުންގެ އަނގައިގައި މަލަން އެޅުވުމުން ނިކުންނަ ނަތީޖާ ގޯސްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ރައްޔިތުންނަށް މިނިވަން ކަންމަތި އުޅެވެން ޖެހޭނެ ކަމަށާއި މިނިވަންކަމަށް ހުރަސް އެޅޭ އެއްވެސް ބިލަކަށް ތަބާ ވާން ނުޖެހޭނެ ކަމަށްވެސް މާލޭ މޭޔަރ ރޭގައި ވިދާޅުވިއެވެ. 

މިނިވަން ކަންމަތީ ބޭނުންވާ ވާހަކައެއް ދެއްކުމުގެ މިނިވަންކަން އޮންނަންޖެހޭނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އެކަނި ނޫންކަމަށާއި ކޮންމެ ރައްޔިތަކަށްވެސް އެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. މަގާމުތަކަށް މީހުން އައްޔަން ކުރަންވާނީ ވެސް އާންމު ރައްޔިތުންނާއި މީޑިއާތައް މިނިވަންކޮށް ބާއްވާފަ ކަމަށާއި އެނޫންގޮތަކަށް އެކަން ވާނަމަ އެއި ރަނގަޅު މަގަކުން ދާނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

މިނިވަން މީޑިއާ ތަޅުއަޅުވާ ބިލް ފާސްކުރިޔަސް އެއަށް ތަބާނުވާނެ ކަމަށާއި އެއްވެސް ބޭފުޅަކުއެއަށް ތަބާ ނުވުމަށް ގޮވާލައްވަމުން މާލޭ މޭޔަރ އާދަމް އާޒިމް ސަރުކާރުގެ ވެރިންނާއި ޕީއެންސީ މެންބަރުންނަށް ނިސްބަތް ކުރައްވާ ވިދާޅުވީ "ތިބޭފުޅުން ފިލަން އުޅޭނެ ކަމެއް ނެތް." ކަމަށެވެ.

]]>
Sun, 14 Sep 2025 01:13:37 +0500 އެޑިޓަރ
ބޯހަރުކަން ދޫކޮށް މަޝްވަރާގެ މޭޒު ހިޔާރުކުރޭ: އައްބާސް https://heerasnews.com/3541 https://heerasnews.com/3541 ސަރުކާރުގެ ވެރިން ބޮޑުބަސް ބުނުމާއި ބޯހަރުކަން ދޫކޮށްލައްވާ މަސްވަރާގެ މޭޒު އިހުތިޔާރު ކުރަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. އޮނަރަބަލް އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމޭރުމުން ގޮވާލެއްވީ ނޭޕާލުގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރައްވަމުންނެވެ.

ނޭޕާލްގެ ރައްޔިތުން  މަގުތަކަށް  ނިކުމެ  ހިންގި  ހަމަނުޖެހުން  ތަކަކީ  ވެރިކަމުގެ  ފަރާތުން  ފެނުނު  ބޯހަރު ކަމުގެ  ނަތީޖާ ކަމަށް ވިދާޅުވަމުން އައްބާސް ވިދާޅުވީ ވެރިކަން  ފެށިގެން  އަންނަނީ  ރައްޔިތުންގެ  ކިބައިންކަން ހަދުމަކޮށް އަރުވާ ކަމަށެވެ. ރައްޔިތަކު ނެތްތަނެއްގައި ވެރިކަމެއް ނޯންނާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ސުލްހަވެރި މުޒާހަރާތަކުން ރުޅިވެރިކަމުން ނަފުރަތަށް ބަދަލުވެގެން ދިޔައީ އެންމެ ދުވަހަކުން ނޫން ކަމަށް ވިދާޅުވަމުން އައްބާސް ވިދާޅުވީ .ސުލްހަވެރި ކަމާއިއެކު ފެށި މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ރައްޔިތުންގެ  އަތަށް ހަތިޔާރު ނަގައި މިހާރު މިވަނީ ވެރިކަން  ފުރޮޅާލައިފައި ކަމަށެވެ.

ނަމަވެސް  އޭގެފަހުން ހިތާމަވެރި  އެތައް  ކަމެއް  މުޒާހަރާގެ  ބައިވެރިންގެ  ފަރާތުން  ފެނުކަން ފާހަގަ ކުރައްވަމުން .މިފަދަ ހާލަތެއް މި ގައުމުގައި މެދުވެރި ނުވަނީސް ސަރުކާރުގެ ވެރިން ބޮޑުބަސް ބުނުމާއި ބޯހަރުކަން ދޫކޮށްލައްވާ މަސްވަރާގެ މޭޒު އިހުތިޔާރު ކުރަންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ. 

]]>
Sat, 13 Sep 2025 19:07:55 +0500 އެޑިޓަރ
ހިޔާލާއި ފިކުރު ކަފުނަށް: އާޓިފިޝަލް ބީޗްގައި މިރޭ ފޯރަމެއް https://heerasnews.com/3538 https://heerasnews.com/3538 "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ފޯރަމެއް އޮންނާނެއެވެ.

ހިޔާލާއި ފިކުރު ކަފުން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ކިޔައިދިނުމާއި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުން ވެސް ފޯރަމްގައި އޮންނާނެއެވެ. "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން"ބިލުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތައް ވެސް ފޯރަމްގައި ކިޔައިދޭނެއެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" އާ ގުޅިގެން އާންމު އެތައް ރައްޔިތުންނަކާއި ނޫސްވެރިންގެ ކަންބޮޑުވުންތައް އޮތް ދަނޑިވަޅެއްގައި ހިޔާލާއި ފިކުރު ކަފުނަށް ނަމުގައި އެމްޖޭއޭއިން ފޯރަމެއް ބާއްވަނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލާއި ދެކޮޅުހެދުމުގެ ގޮތުންނެވެ. 

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން 40 އަށްވުރެ ގިނަ މީޑިއާއިން 150 އަށްވުރެ ގިނަ ނޫސްވެރިނާއި ބައިނަލްއަގުވާމީ އެތައް ޖަމިއްޔާތަކުން ގޮވާލަމުން ދިޔަ ނަމަވެސް ޕީއެންސީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ ބިލު މަޖިލީހުން ފާސްކޮށް "ހިޔާލާއި ފިކުރު ކަފުނަށް" ލާށެވެ.

ރައީސް މުއިއްޒުގެ ސަޕޯޓަރުންނާއި ސަރުކާރުގެ ކުލީ ގަލަންތަކާއި ބޮޓް އެކައުންޓުތަކުން ސޯޝަލް މީޑިއާގައި ގޮވާލަމުން ދަނީ "ހިޔާލާއި ފިކުރު ކަފުނަށް" ލުމަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ފާސްކުރުމަށެވެ. 

]]>
Sat, 13 Sep 2025 10:00:37 +0500 އެޑިޓަރ
ހާރިޖީ ހަލީލަށް: ވަހީދު ބާރުތައް ޖަހައިގަތީތަ! https://heerasnews.com/3532 https://heerasnews.com/3532 ނުބެހޭ ކަންކަމާބެހި ސިޔާސީ ޖަޒުބާތުގައި އަނގަދިޔާކުރާ ހާރިޖީ ވަޒީރު ހަލީލަކީ ވަގުތު ގިނަވެގެން ކުރާނެ ކަމެއް ނެތިގެން އުޅޭ ހަމަހުރި ބޮލަކީތާއެވެ. ޑރ. ވަހީދު އެޑްވައިޒަރކަމާ ހަވާލުވެ ހަލީލުގެ ޒިންމާތައް ޖަހައިގަތީ ތޯއްޗެކެވެ. ވަހީދަކީ ކާޅެއްހެން މީހުންގެ އަތުގައި އޮންނަ ބާރުތައް ޖަހައިގަންނަން ނިކަން ފަރިތަ މީހެއްކަން ހަލީލަށް ވެސް ރަނގަޅަށް އެނގޭނެއެވެ.

ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ އެތެރޭގެ އޮޕަރޭޝަނެއްގައި ހިފާ ހައްޔަރުކުރާ މީހުންގެ ކަންކަން ބަލާ އެކަންކަމުގެ ދިފާއުގައި ހުތުބާވަރުގެ ޓްވީޓް ލިޔާކަށް ވަގުތެއް ހާރިޖީ ވަޒީރަކަށް ނުއޮންނާނެއެވެ. ހާރިޖީ ކަންކަމާ ހަވާލުވެ ހުންނަ މީހަކު ދާހިލީ ކަންކަމަށް ވަގުތުދެވޭ ވަރަށްވުރެ މަސައްކަތް ގިނަވެފައި ބުރަވާނެއެވެ. އެކަމަކު ރާއްޖޭގެ ހާރިޖީ ވަޒީރު ހަލީލު ތަފާތެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ހުސައިން ހަސަނަށް ހައްގަކާނުލާ އަނިޔާކޮށް އިހާނެތިކޮށް ހައްޔަރު ކުރުމުން އޭނާގެ ދިފާއުގައި އަޑުއުފުލުން ގާނޫނީ ގޮތުން ހަލީލަށް ކުށަކަށް ވާގޮތެއް ނޭގެއެވެ. އާއްމުތަނެއްގައި ކުށުގެވެށި ވަކި ނުވާގޮތަށް ހާމަކަން ބޮޑުކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ފޮޓޯ ނެގުން ކުށަކަށް ހަދައިގެންނާއި ނެގި ފޮޓޯ ފުހެނުލައިގެން އަނިޔާވެރި ރަހުމުކުޑަ ގޮތަކަށް ހުސައިން ހަސަން ފުލުހުން ހިފާ ހައްޔަރު ކުރީމާ އެކަމާ ދެކޮޅަށް ކުރީގެ ރައީސް ސޯލިހު އަޑު އުފުއްލެވުމަކީ ރާއްޖޭގެ ހާރިޖީ ވަޒީރަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ. 

ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތެއްގެ ތެރެއަށް ހުސައިން ހަސަން ވަދެގަތް ކަމަށާއި ސީން ހަލާކު ކުރުމަށް މަސައްކަތް ކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ކަނޑައަޅަން ހަލީލަށް އޮތީ ކޮން ހައިސިއްޔަތެއް ހެއްޔެވެ. މުއްދަތު މަޖިލީހުން ހުސައިންގެ ބަންދު ކުރުމަށް މުއްދަތު ޖަހާ ނުދިނުމުންވެސް ފުލުހުންނާއި ސަރުކާރުން ކުރާ ދައުވާގެ ބާތިލުކަން އެވަނީ ސާބިތުވެފައެވެ. 

ސަރުކާރުން ޖައްސަން އުޅޭ ކުލައެއް ކޮންމެ ކަމެއްގައި ނުޖެއްސޭނެކަން ހަލީލުމެނަށް ނުވިސްނޭތީ ދެރައެވެ. ވެރިކަމުގެ އާރާއި ބާރާއި ގާނޫނީ ހުކޫމަތުގެ ބޭނުން ހިފައިގެން ސަރުކާރުން ބޭނުންވާހާ ކަމެއް ބޭނުންހާ ގޮތަކަށް ނުކުރެވޭނެއެވެ. ކޮންމެ ކަމެއްގައި ސިޔާސީ ހަސަދައިން ފޯވެހުރެ ސަރުކާރުގެ ވެރިން ކުރާ ކަންކަމާއި ދައްކާ ވާހަކައިން ބަރަހަނާވެ ފޮރުވައިގެން އުޅޭ ނުބައި ހަސީލަތް ހާމަވުން ނޫންކަމެއް ނުވެއެވެ. 

ގައުމުގެ ކޮންމެ ކަމެއް ކޮންމެހެނެއް އޮތަސް ސަރުކާރަށް ފާޑެއް ކިޔައިފިއްޔާ އެއަށް ރައްދު ދިނުމަކީ ވަޒީރުންގެ ޒިންމާއަކީވެސް ތޯއްޗެކެވެ. ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން މީހަކު ބުނާ އެއްޗަކަށް ރައްދުދީ ޖަދަލުކުރުން ނޫންކަމެއް ވަޒީރުންނަށް ނޯންނަނީތާއެވެ. ރާއްޖޭގެ ކަންކަން ހިނގަގޮތުން ހާރިޖީ ވަޒީރެއް ދާހިލީ ވަޒީރެއް، އެގަހު ކޭލެއް މިގަހު ކޭލެއް މިހާރަކު ވަތްކެއް ވަނީއެއް ނޫނެވެ.

]]>
Fri, 12 Sep 2025 11:00:00 +0500 އެޑިޓަރ
އޭޝިއާގެ އަންނަޖީލުގެ ލީޑަރ: ހުޅުމާލޭ މެދުގެ އުންމީދު ސަފާތު https://heerasnews.com/3522 https://heerasnews.com/3522 އޭޝިއާ ސޮސައިޓީ ނެޓްވޯކް އަކީ ސިޔާސީ، ތައުލީމާއި ޓެކްނޮލޮޖީއާއި އާޓްސް އެންޑް ކަލްޗަރ ގެ އިތުރުން ވިޔަފާރި ފަދަ ތަފާތު ދާއިރާތަކުން އެކި ގައުމުތަކުގެ ލީޑަރުންގެ ވިސްނުން ހިއްސާކޮށް އެ ލީޑަރުން ގުޅިގެން މަސައްކަތް ކުރެވޭ ޕްލެޓްފޯމެކެވެ. އޭޝިއާ ސޮސައިޓީ ނެޓްވޯކް ގާއިމުކޮށްފައި އޮންނަނީ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އޭޝިއާ ސޮސައިޓީގައެވެ. އޭޝިއާ ސޮސައިޓީއަކީ 1956 ވަނަ އަހަރުއްސުރެ އޭޝިއާ އާއި އެމެރިކާގެ ލީޑަރުންނާއި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ވިސްނުން ބަދަހިކުރުމުގެ މަގްސަދުގައި އުފައްދައިގެން ހިންގާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

އޭޝިއާ ސޮސައިޓީ ނެޓްވޯކުގައި ދުނިޔޭގެ 27 ގައުމަކުން ހޮވާލެވޭ 30 ލީޑަރަކު އެކުވެގެން އެ ގައުމުތަކަށް ދިމާވާ އެކިއެކި ގޮންޖެހުން ތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއެވެ. އަންނަ ޑިސެމްބަރު މަހުގެ ފަހަކުން ހަތެއްގެ ނިޔަލަށް ފިލިޕީންސްގެ މެނިލާގައި މި ނެޓްވޯކުގެ ހަރަކާތްތައް ކުރިއަށް ދާއިރު މި ނެޓްވޯކަށް ރާއްޖޭގެ މެންބަރަކު ވެސް މިފަހަރު ވަނީ ހޮވިފައެވެ. މި ފަހަރަކީ އެ ނެޓްވޯކަށް ރާއްޖޭން މެންބަރަކު ހޮވުނު ފުރަތަމަ ފަހަރެވެ.

އޭސިޔާގައި "ހިތްވަރުގަދަ ލީޑަޝިޕަކަށް ކުރާ ދަތުރު"އަށް ރާއްޖޭން ހޮވިފައި ވަނީ ހުޅުމާލޭ މެދު ދާއިރާގެ އުންމީދު ސަފާތު އަހުމަދު ޒާހިރުއެވެ. އެއްކޮށް ގުޅިގެން މަސައްކަތް ކުރާ އޭޝިއާގެ އުންމީދީ ލީޑަރުންގެ 'އޭޝިއާ 21 ކްލާސް ނެކްސްޓް ޖެނެރޭޝަން ފެލޯސް'އަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ލީޑަރަކަށް ސަފާތު ފަދަ ކަނބަލެއް ހޮވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ފަހުރަކާ ޝަރަފެކެވެ.

ސަފާތު އަހުމަދު ޒާހިރަކީ ރާއްޖޭގައި ވިދަމުން އަންނަ ސިޔާސީ ޒުވާން އިލްމީ ޝަހުސިއްޔަތެކެވެ. ހީވާގި ހިތްވަރުގަދަ ނާކާމިޔާބީގައި ފަހަށް ނުޖެހި ކުރިއަށްދާ އަޒުމު ވަރުގަދަ ފަހުލަވާނެކެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އެމްޑީޕީގެ އިސް ހަރަކާތްތެރިއެކެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ. އަންހެނުންގެ ބާރުވެރިކަމަށް ގުޅިގެން މަސައްކަތް ކުރައްވާ ތައުލީމީ ޒުވާނެކެވެ. 

ލީޑަޝިޕް ދެއްކުމާ ގުޅޭގޮތުން ގެންގުޅެންޖެހޭ ކަންކަން ދަސްކޮށް، އެކަމުގެ ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް މި ނެޓްވޯކުގެ މި އަހަރުގެ ހަރަކާތުގައި ހަމަޖެހިފައި ވާއިރު ގުޅުންތައް ބަދަހިކޮށް އެކި ދާއިރާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރު ކުރުމަށް ސަފާތު މަސައްކަތް ކުރައްވާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.

]]>
Mon, 08 Sep 2025 10:41:44 +0500 އެޑިޓަރ
ލުޓޭރުންނަށް ގައުމު ވިއްކާލި 13 ގައްދާރުން https://heerasnews.com/3520 https://heerasnews.com/3520 ހަނގުރާމައިގެ ހާލަތަކަށް މުޅި ގައުމު ވެއްޓޭ ވަރަށް ގައުމީ ސަލާމަތަށް ނުރައްކާ ވާވަރުގެ ބޮޑެތި ދޮގު ފާޅުކަން ބޮޑުކޮށް ސަރަހައްދުގެ އެންމެ ބާރުގަދަ ގައުމާ ދެކޮޅަށް މުއިއްޒު ހެދިއެވެ.

ބަޖެޓްނެތި ގާނޫނާއި ހިލާފަށް ރަސްމާލެ ހިއްކަން ފެށިއެވެ. މަޖިލީހުން ރުހުން ނުދިން 3 ވަޒީރަކު ކެބިނެޓްގައި ގާނޫނުއަސާސީ އާއި ހިލާފަށް ގެންގުޅުނެވެ.

ވުޖޫދުގައި ނެތް ޕްރޮޖެކްޓަކަށް އިނާޔަތް ލިބޭގޮތަށް 4 އަހަރު ދުވަހަށް ނޯޕޭ ލީވް ދީގެން ކޮންޓްރެކްޓު އުސޫލުން އަމިއްލަ އަނބިމީހާ ސާޖިދާ ސިވިލް ސާރވިސްގައި ބަހައްޓައިގެން މުއިއްޒު އަމިއްލަ މަންފާ ހޯދަނީއެވެ.

ބުނެވި ދިޔަ ޒާތުގެ އެތައް ކަމެއް ކުރަމުން ދިޔުމުން ހުދުމުހުތާރު މުއިއްޒުގެ ވަކިތަކުން ރާއްޖެ ފަސޭހަ ކަމާއެކު ސަލާމަތް ކުރެވެން ކިތަންމެހާވެސް ރަގަޅަކަށް ކުރިން އޮތެވެ.

ގާނޫނީ ހަމަތަކުގެ ތެރެއިން މުއިއްޒު ރައީސް ކަމުން އަޒަލް ކުރެވެން ވެރިކަމުގެ ހަނީ މޫން ޕީރިއަޑްގައި ކިތަންމެ ރީއްޗަކަށްވެސް މަޖިލީހަށް ކުރިން އޮތެވެ.

ރައީސް ކަމުން މުއިއްޒު އަޒުލު ކުރެވެން އޮވެ ގައުމު މި ހާލަތަށް ވައްޓާލި 13 ގައްދާރުންގެ މަތިން ހަނދާން ހުރި މީހަކު މިހާރު ހަމަ ނެތީހެއްޔެވެ. މުއިއްޒު އަތުން ރިޝްވަތު ނަގައިގެން ގައުމު ހަލާކުގެ ތެރެއަށް ވައްޓާލީ އެ 13 ގައްދާރުންނެވެ. އެ މީހުންނަށް އިތުބާރުކޮށް އެއްވެސް ބަޔަކު ގައުމުގެ ކަމެއް އެއިން މީހަކާ ހަވާލު ކުރަން ހެޔޮ ނުވާނެއެވެ. 

]]>
Sun, 07 Sep 2025 20:20:00 +0500 އެޑިޓަރ
މުއިއްޒުގެ ފަނުފުލު އިސްލާހު: ދުންފަތު އަނދިރި https://heerasnews.com/3518 https://heerasnews.com/3518 ރައީސް މުއިއްޒު ގައުމުގެ ކަންކަން އިސްލާހު ކުރުންގަނޑު އަޖައިބެއްހާ މޮޅީއެވެ. ކަމަކަށް ދޫކުރާނެ ކަމެއް ނެތެވެ. ކުރާ ކޮންމެ ކަމެއް ދަނީ ފަނު ފުލުންނެވެ.

ދުންފަތާ ރައްޔިތުން ދުރުކުރަން ކުރިކަންތައް ވެސް ގޮވީ އަތަށެވެ. ސިނގިރެޓްގެ ޓެކްސް ބޮޑުތަނުން ބޮޑު ކޮށްލުމުން ވީގޮތް އޭގެ އެއް މިސާލަކަށް ފުދެއެވެ. ދުންފަތާ ގުޅުވާ މުއިއްޒު އެޅި ފިޔަވަޅުތަކުން ކަންވީ ގޮތާމެދު ފިކުރު ކޮށްލާށެވެ.

ދައުލަތުގެ ބަޖެޓްގައި ލިބޭނެ އާމްދަނީއެއްގެ ގޮތުގައި ޖަހާ ސިނގިރެޓުން ޓެކްސްގެ ގޮތުގައި ކުރިއްސުރެ ލިބެމުންއައި އެތައް މިލިޔަން ރުފިޔާ ދައުލަތުގެ އާމްދަނީގެ ގޮތުގައި ނުލިބި %80 ނުލިބި ގެއްލި ދިޔައީއެވެ. ބާޒަރުގައި ސިނގިރެޓްގެ އަގު އިންތިހާއަށް ބޮޑުވީއެވެ. ގޮތް ނޭނގޭ އެކި ޒާތްޒާތުގެ އޮޅި ސިނގިރެޓާއި ބިޑި ބުއިން އާއްމުވީއެވެ.

ކޮލިޓީއެއް ފެންވަރެއްނެތް ގޮތެއްގައި އެކި ފަހަރު އެކި ވައްތަރުގެ ދުންފަތް އެކިވަރަށް ބޭނުންކޮށްގެން އަނބުރާ ސިނގިރެޓާއި ބިޑި ބުއިމުން އިހުނަށްވުރެ ދުންފަތުން މީހުނަށް ލިބޭ ގެއްލުން އިތުރުވީއެވެ. ފުއްޕާމޭގެ ބަލިތައް ޖެހޭ މީހުން ގިނަވެ ސަރުކާރުގެ ވެލްފެއަރ ނިޒާމުން ހިނގާ ހޭދަ އެތައް ގުނައެއް އިތުރުވީއެވެ.

ވޭޕް މަނާކުރުމުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުނުވެ ވޭޕް ބުއި އެންމެން ސިނގިރެޓާއި އޮޅި ސިނގިރެޓަށް ހިޖުރަކުރީއެވެ. ގޭގޭގެ ތެރެއާއި ހޮޓާކެފޭ ރެސްޓައުރެންޓްތަކުގެ މޭޒުމައްޗަކީ ސިނގިރޭޓާއި ބިޑި އުފައްދާ ތަންތަނަށް ބަދަލުވީއެވެ.

އަނެއްކޮޅުން ސިނގިރެޓް ސުމަގުލު ކުރުން އާއްމުވެ ޓެކްސް ނުދައްކާ ވަގަށް ސިނގިރެޓް އެތެރެކޮށްގެން ކުރާ ވަގު ވިޔަފާރި ފުޅާވީއެވެ. ސިނގިރެޓަށް ސަލާންޖަހާ މީހުން ގިނަވެ މަގުމަތިން ބަޓުބުރި ހޮވައިގެން ވެސް އަލާފިލުވޭތޯ އުޅޭ މީހުން އިތުރުވީއެވެ. އަނބިދަރިންނަށް ކާންނުދީވެސް ހުންނަ މަދު ލާރިކޮޅަށް ބޮޑު އަގުގައި ސިނގިރެޓް ގަނެގެން ބޯ މީހުން އިތުރުވެ ބިކަހާލުގައި އާއިލާތައް ޖެހޭވަރަށް ދުންފަތު އަނދިރި އެޅީއެވެ.   

ގާނޫނާއި ގަވައިދާެި އެއްގޮތަށް ސިނގިރޭޓް އެތެރެކޮށްގެން ވިއްކާ ވިޔަފާރި ކުރާ ވިޔަފާރި ވެރިން ބަނގުރޫޓް ވަނީއެވެ. ގައުމަށް އެތެރެވާ ސިނގެރެޓް މަދުނުވެ ސިނގިރެޓުން ޓެކްސްގެ ގޮތުގައި ދައުލަތައް ލިބުނު އެތައް މިލިޔަން ރުފިޔާ ނުލިބި ގެއްލުނީއެވެ.  

ދުންފަތާ ރައްޔިތުން ދުރުކުރުމުގެ ނަމުގައި ހާސިލް ކުރަން އުޅުނު ސިއްހީ މަގުސަދެއް ހަގީގަތުގައި ހާސިލެއް ނުވިއެވެ. ކުރިން ދުންފަތާ ދުރުގައި ވޭޕް ބޮއެގެން އުޅުނު އެންމެންހެން ދުންފަތުގެ ޝިކާރައަށްވެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެތައް ގުނައަކަށް އިތުރުވީއެވެ. އަނެއް ކޮޅުން ބޭސް ފަރުވާއަށާއި ސުމަގުލުކުރުން ހުއްޓުވުމަށް އިންސާނީ ވަސިލަތާއި ފައިސާ ސަރުކާރުން ހަރަދު ކުރުން އިހުނަށްވުރެ އެތައް ގުނައެއް އިތުރުކުރަން މަޖުބޫރު ވީއެވެ. 

ވާނުވާ ނޭނގި ޖަޒްބާތުގައި މުއިއްޒު ކުރާ ކޮންމެ މިކަހަލަ ކަމަކުން ގައުމާއި ރައްޔުތުންނަށް ލިބެނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުމެވެ. ބޮޑެތި ދެރައެވެ. ދުންފަތާ ދެކޮޅަށް މުއިއްޒު އެޅި އިސްލާހީ ފިޔަޅުން ލިބޭ ނަތީޖާ ސުމަކަށްވުރެ ވެސް މާދަށެވެ. ދުންފަތު އަނދިރި ވެގެން ދިޔައީވެސް މުއިއްޒުގެ ފަނުފުލު އިސްލާހުގެ ބޮޅަކަށެވެ. 

]]>
Sun, 07 Sep 2025 09:10:00 +0500 އެޑިޓަރ
ލޫޓުވުން ހުއްޓުވަން މަގުތަކަށް ނިކުމެ ހުއްޓާނުލާ މުޒާހަރާ ކުރަންޖެހޭ: އައްބާސް https://heerasnews.com/3511 https://heerasnews.com/3511 ރޭވިގެން މުޅި ދައުލަތް ލޫޓުވާލާއިރު އެ މަންޒަރުތައް ބަލަން ހިމޭނުން ދިވެހި ރައްޔިތުން ތިބެގެން ނުވާނެކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. މެންބަރު އައްބާސް އެހެން ވިދާޅުވީ ސަރުކާރުން ދައުލަތް ލޫޓުވުމާ ދެކޮޅުހައްދަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އައްބާސް ވިދާޅުވަނީ މުއިއްޒު ސަރުކާރުން މުޅި ދައުލަތް ލޫޓުވާލަން އުޅެނީ ޝަކުވާ ކުރާ މީހާ އުލުބައިންދަން ގޮވައިގެންނާއި ސަރުކާރު ޖަވާބު ދާރީ ކުރުވާ މީހުންނަށް ބިރު ދައްކައިގެންނެވެ. ދައުލަތުން އެކި އެކި މުއައްސަސާ ތަކުގައި ތިއްބަވާ ބޭފުޅުން ކުރައްވާ ނުކުރައްވާ ކަންކަން ހޯދާ ބަލާ ރައްޔިތުންނާ ހަމައަށް ނޫސްތަކުގައި ލިޔެގެންނާއި މީޑިއާގެ ޒަރީއާއިން ހަބަރުތައް ތިލަކޮށްދޭން ތިއްބަވާ ފަރާތްތަކުގެ އަގަ ބަންދުކުރުމާއި ބޮޑެތި އަދަދުން ޖޫރިމަނާކޮށް ޖަލަށް ލުމަކީވެސް ގައުލަތް ލޫޓުވާލުމަށް ސަރުކާރުން ރާވަމުންދާ ކަންކަން ކަމަށް އައްބާސް ވިދާޅުވެއެވެ.

މެންބަރ އައްބާސް ވިދާޅުވވަނީ ޑރ. މުއިއްޒުގެ ސަރުކާރުގައި ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ނެތުމުންނާއި ރައްޔިތުން އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީސް އިން އަދާ ކުރަންޖެހޭ ޒިންމާތައް އަދާ ނުކުރުމުގެ ސަބަބުން މުޅި ގައުމު ވަނީ އިގުތިސާދީ ކާރިސާއެއް ކުރިމަތިވުމުގެ މަގުމަތީގައިކަމަށެވެ.

ރޭވިގެން މުޅިދައުލަތް ލޫޓުވާލާ ތަކެތީގެ އަގު ބޮޑުވެ ވިޔަފާރިތައް އިދަޖެހި ރައްޔިތުން އިތުރަށް ފަގީރުވެ ދަރަނިވެރި ވާއިރު އެ މަންޒަރުތައް ބަލަން ހިމޭނުން ދިވެހި ރައްޔިތުން ތިބެގެން ނުވާނެކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވިއެވެ.

ރައްޔިތުން ނިދިން ހޭލާ ހޭވެރިކަން ވާންޖެހޭ ވަގުތު މިވަނީ އަރާ ހަމަވެފައިކަމަށާއި ސަރުކާރު ހަމަ މަގަށް ނާޅުވައިފިނަމަ ފަހުން ރައްޔިތުން ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނެ ކަމަށް ވިދާޅުވެ ރައްޔިތުން މަގުތަކަށް ނިކުމެ ސުލްހަވެރިކަމާއެކު ހުއްޓާނުލާ މުޒާހަރާކުރުމަށް މެންބަރ މުހައްމަދު އައްބާސް ގޮވާލެއްވިއެވެ.

]]>
Wed, 03 Sep 2025 20:04:42 +0500 އެޑިޓަރ
އިންޑިއާގައި މީޑިއާ ރެގިއުލޭޓް ކުރެވެނީ ކިހިނެއް. https://heerasnews.com/3507 https://heerasnews.com/3507 އިންޑިއާގެ މީޑިއާގެ ދާއިރާ ރެގިއުލޭޓްކޮށް ބަލަހައްތަނީ ތަފާތު އެތައް މުއައްސަސާއަކުންނެވެ. މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ (އެމްއައިބީ) އިން ސަރުކާރުގެ މީޑިއާ ސިޔާސަތުތައް ބަލަހައްޓައެވެ. ޕްރެސް ކައުންސިލް އޮފް އިންޑިއާ (ޕީސީއައި) ފަދަ އަމިއްލައަށް ރެގިއުލޭޓްކުރާ ފަރާތްތަކުން ޗާޕު މީޑިއާ އާއި ބައެއް ޑިޖިޓަލް މީޑިއާ ބަލަހައްޓައެވެ. ނިއުސް ބްރޯޑްކާސްޓަރސް ފެޑެރޭޝަން (އެންބީއެފް) ގެ ދަށުން ހިނގާ ނިއުސް ބްރޯޑްކާސްޓިންގ ސްޓޭންޑަރޑްސް އޮތޯރިޓީ (އެންބީއެސްއޭ) އިން ޓެލެވިޜަން ކޮންޓެންޓް ރެގިއުލޭޓްކުރެއެވެ. 

މައިގަނޑު ރެގިއުލޭޓަރީ އޮތޯރިޓީތައް ކަމުގައިވާ މުއައްސަސާތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ (އެމްއައިބީ) ސަރުކާރުގެ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ފެތުރުމުގެ މައިގަނޑު ޒިންމާ އުފުލައެވެ. ބްރޯޑްކާސްޓިންގ ސިޔާސަތުތަކާއި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ ބެލެހެއްޓުމުގެ އިހުތިސާސްވެސް އޮންނަނީ އެމްއައިބީ ގައެވެ.

ޕްރެސް ކައުންސިލް އޮފް އިންޑިއާ (ޕީސީއައި) އަކީ ޤާނޫނީ މުއައްސަސާއެކެވެ. އޭގެ މަސްއޫލިއްޔަތަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ނޫސްތަކާއި ނޫސް އޭޖެންސީތަކުގެ މިންގަނޑުތައް ކަނޑައެޅުމެވެ. ނޫސްތަކާއި ނޫސް އޭޖެންސީތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ޒިންމާވެސް މި މުއައްސަސާއާ ހަވާލުކުރެވިފައިވެއެވެ.

ޓެލެވިޒަންގެ ދާއިރާގައި، ނިއުސް ބްރޯޑްކާސްޓިންގ ސްޓޭންޑަރޑްސް އޮތޯރިޓީ (އެންބީއެސްއޭ) ފަދަ އަމިއްލަ ރެގިއުލޭޓަރީ މުއައްސަސާތައް ނިއުސް ބްރޯޑްކާސްޓަރސް އެސޯސިއޭޝަނުން އުފައްދާފައިވެއެވެ. މި މުއައްސަސާތަކުން ކޮންޓެންޓާ ގުޅޭ ގައިޑްލައިންތައް ނެރެ، އެ ގައިޑްލައިންތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނަށް ފިޔަވަޅު އެޅެއެވެ.

އެޑްވަރޓައިޒިންގ ސްޓޭންޑަރޑްސް ކައުންސިލް އޮފް އިންޑިއާ (އޭއެސްސީއައި)އަކީ އިޝްތިހާރުތަކުގެ މަޢުލޫމާތު ތެދުވެރިކަމާއެކު އަދި އޮޅުވާލުމެއް ނެތި ހުށަހެޅުމަށްޓަކައި ގައިޑްލައިންތަކެއް އެކުލަވާލައި ނެރެއެވެ.

މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މެދުވެރިކޮށް ސަރުކާރުން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރެއެވެ. އަމިއްލަ ބްރޯޑްކާސްޓަރުން ލައިސަންސް އެއްބަސްވުމުގައިވާ ވަކި ޝަރުޠުތަކަކާ އެއްގޮތަށް ޢަމަލު ކުރަންޖެހެއެވެ. 

ނިޒާމުގެ ތެރެއިން، އިންޑިއާގެ މީޑިއާ ދާއިރާގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށް މަސައްކަތްކުރެވެއެވެ. ގާނޫނީ އަދި އަމިއްލަ ރެގިއުލޭޓަރީ މުއައްސަސާތަކުގެ މަސައްކަތުން މީޑިއާގެ މިނިވަންކަން ހިމާޔަތްކުރެވެއެވެ. ޒިންމާދާރު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާރުއެޅެއެވެ. ސަރުކާރުގެ ދައުރު އޮންނަނީ ބްރޯޑްކާސްޓިންގ ލައިސަންސް ދޫކުރުމާއި އެ ލައިސަންސްތަކުގެ ޝަރުޠުތައް ތަންފީޒުކުރުމުގައެވެ. 

އިންޑިއާގައި އޮންނަ ރެގިއުލޭޓަރީ ނިޒާމުގެ މުހިންމު ނުކުތާއަކީ، މީޑިއާގެ މިނިވަންކަމާއި ޒިންމާދާރުކަން މީޑިއާތައް ގުޅިގެން އެކުގައި ހިފެހެއްޓުމަށް މަސައްކަތް ކުރާކަމެވެ. ގާނޫނީ މުއައްސަސާތަކުން މިނިވަންކަމުގެ އިންތައް ކަނޑައަޅާއިރު އަމިއްލަ ރެގިއުލޭޓަރީ މުއައްސަސާތަކުން ދާއިރާގެ އަހުލާގީ މިންގަނޑުތައް ހިފަހައްޓައެވެ. މިގޮތުން، މީޑިއާގެ ދައުރު އަދާކުރުމުގައި ޒިންމާދާރުކަމާއި ފަރުވާތެރިކަން ގެންގުޅުމަށް ބާރުއެޅެއެވެ.

ނަމަވެސް، މި ނިޒާމުގައިވެސް ގޮންޖެހުންތަކެއް ހުރެއެވެ. މިސާލަކަށް، ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބްރޯޑްކާސްޓަރުންނަށް ފިއްތާ ފިޔަޅު އެޅުމުގެ ފުރުޞަތު އޮތުމާއި، އަމިއްލަ ރެގިއުލޭޓަރީ މުއައްސަސާތަކުގެ ނިންމުންތައް ތަންފީޒުކުރުމުގައި ދަތިތަކެއް ހުރުން ފާހަގަކުރެވެއެވެ. އެހެންކަމުން، ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. 

ޖުމްލަ ގޮތެއްގައި އިންޑިއާގެ މީޑިއާ ރެގިއުލޭޓަރީ ނިޒާމަކީ ގާނޫނީ ދައުރާއި މީޑިއާތަކުގެ އަމިއްލަ ދައުރާއި ސަރުކާރުގެ ދައުރު އެކުލެވޭ ނިޒާމެކެވެ. މި ނިޒާމުގެ މަގުސަދަކީ މީޑިއާގެ މިނިވަންކަން ހިމާޔަތްކުރުމާއެކު، ޒިންމާދާރު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ.

]]>
Mon, 01 Sep 2025 16:41:49 +0500 އެޑިޓަރ
މީޑިއާ އާއި ހަނގުރާމަ އިއުލާނު ކުރުމުން އިތުރުވާނީ ކުރުސީ https://heerasnews.com/3502 https://heerasnews.com/3502 ރާއްޖޭގެ މީޑިއާ އާއި ދެކޮޅަށް މުއިއްޒު ސަރުކާރުން މިހާރު ހިންގަމުންދާ ނޭއްގާނި ހަރަކާތުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުން ގައުމާ ރައްޔިތުންނަށް ނުލިބިއެއް ނުދާނެއެވެ. މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ހީލަތްތެރި ކަމާއެކު މީޑިއާ ކަސްތަޅު އަޅުވާ ނޫސްވެރިން އުލުބައިންދަން އުޅުމަކީ ނޫސްވެރިކަމާ ދެކޮޅަށް ސަރުކާރުން ހަނގުރާމަ އިއުލާނު ކުރުމެވެ.

މީޑިއާ ޒިންމާދާރު ކުރުވުމާއި ރެގިއުލޭޓް ކުރުން އެއްފުރާޅެއްގެ ދަށަށް ގެނައުމަކަށް އެއްވެސް މީޑިއާ އަކުން އެއްވެސް އިރަކު ދެކޮޅެއް ނުހަދައެވެ. ރާއްޖޭގައި މިހާރު ހުރި ގާނޫނުތަކުން ވެސް ޒިންމާދާރު ނޫސްވެރިކަން ކުރުމަށާއި ޖަވާބުދާރީ ކުރުވުމަކަށް ހުރަހެއް ނެތެވެ. 

މުޅި މިޑިއާއަކީ ސަރުކާރުން ބޭނުންވާ ކަމެއް ނޫނީ ހާމަ ނުކުރެވޭ ވަރަށް ތަޅުލެވިފާވާ އެއްޗަކަށް ވެއްޖެނަމަ ގައުމަށާއި ސަރުކާރަށް އޮތް ނުރައްކާ ބޮޑެވެ. އޭގެ އެތައް މިސާލު އެބަހުއްޓެވެ.

ސަރުކާރާ ދެކޮޅަށް ސަރުކާރުގެ ތެރެއިން ބަގާވަތެއް ރޭވި ފައްކާވިޔަސް ދޮންކަޅު ނޭގި ރައީސް މަގާމުން ދުރުކުރާ ހިސާބަށް ދިޔަސް ހިލަމެއް ނުވާނެއެވެ. ރައީސަށް ސިއްރުން ސަރުކާރުތެރޭގައި ތިބި ބަޔަކު ދައުލަތް ނޮޅާކައި ހުސްކުރިޔަސް ދޮންކަޅު ނޭނގޭނެއެވެ.

ގާނޫނީ އިމުގެތެރެއިން ރަޖިސްޓްރީ ކޮށްގެން ފާޑުކިޔުން ހުއްޓުވާލުމުން ޑާކް ވެބްގައި ކޮންބައެއް ކުރާކަމެއްކަން ނޭނގޭ ގޮތަށް އެތައް ސައިޓެއް ހިންގާ ދޮގު ވާހަކަތަކާއި ވަކިވަކި ފަރުދުންގެ ބަރަހަނާ މަންޒަރުތަކާ ގައުމީސަލާމަތަށް ނުރައްކާވާ ކަންކަން މާބާރަށް ފެތުރޭނެއެވެ. މާރާމާރިއާއި އަނިޔާވެރިކަމާއި ޓެރެރިޒަމަށް ހިތްވަރު ދިނުން ހައްދުން ނެއްޓޭނެއެވެ. އެތައް ހާސް ކުރުސީ އަކާއި ޑީއޯއެއް އުފަންވާނީއެވެ.

]]>
Fri, 29 Aug 2025 19:05:40 +0500 އެޑިޓަރ
މީޑިއާ ކަސްތަޅު ބިލަކީ ހަންނާނަށް ދަ ހޯކްސް ފުޑާލަދޭ ކައްފާރާ https://heerasnews.com/3498 https://heerasnews.com/3498 ތުޅާދޫ ދާއިރާގެ މެންބަރ ހަންނާނު ހުރީ ހަމަހޭގަހެއްޔެވެ. ހަންނާނު މަޖިލީހަށް ހުށަހަޅައިގެން އުޅޭ މީޑިއާ ކަސްތަޅު ބިލާމެދު ކަންބޮޑުވެގެން އުޅޭ އެއްވެސް މީހަކު ހަންނާނަށް ނުފެނެއޭ ބުނުމަކީ ހަންނާނުގެ ނުބައި ނުލަފާކަމާއި އަމިއްލަ އެދުމުން ފޯވެފައިވާވަރު ހާމަވެގެން ދިޔަކަމެކެވެ. 

ހަންނާނު ކުރާ ތެލުގެ ވިޔަފާރި ފުޅާކުރުމުގެ ބޭނުމުގައި ނަމިރާ ނާޒިމާއި ރެޑްވޭވް ސަލީމާ ގުޅިގެން ހަންނާނު ކުރަން އުޅެނީ ކީއްކަން އެބަ އެނގެންޖެހެއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި ގައުމީ ސަލާމަތީ ކޮމެޓީ ބޭނުން ކޮށްގެން ކުރާން އުޅޭ ކަމަކީ ދަ ހޯކްސް ކުންފުނި ފުޑާލުމެވެ. ދުރާލާ ރާވައިގެން މަޖިލިސް ތެރެއިން ހިންގާ އެ ޖަރީމާގެ ކައްފާރާއަކީ މީޑިއާ ބިލުކަން އެއްވެސް މީހަކަށް އޮޅިގެން ނުވާނެއެވެ.

ޗެނަލް 13 އިން ފޮނުވި " ބެލްކަނި" ވީޑިއޯ ރިޕޯޓާއި ގުޅިގެން ޗެނަލް 13 އަށް ފިޔަވަޅު އަޅާ އެ ޗެނަލް ހުއްޓުވާލުމަށް ނިޔަތް ގަނެގެން ނަމިރާ ނާޒިމު ފަރުމާކުރި ބިލު މަޖިލީހަށް ހުށަހަޅާ ދީގެންނޫނީ ހަންނާނަށް ދަ ހޯކްސްގެ ދުވަސް ދުއްވާލެވޭކަށް ނެތެވެ. އަނެއް ކޮޅުން ދޮންއަމާ ވީޑިއޯ ރިޕޯޓާއި ގުޅިގެން ރާއްޖެ ޓީވީ ސައިޒުކޮށްލުމަށް މުއިއްޒު ހުރީ ކެތްމަދުވެފައެވެ.

ޕީއެންސީގެ ގައިން މީޑިއާ ކަސްތަޅު ބިލު ނައްޓާލާ ހަންނާނު ގުރުބާން ކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ނަމިރާ ނާޒިމާއި މުއިއްޒު އެ ހިފަނީ ބަދަލު ހިފުމުގެ ގޮތުންނެވެ. ލިބުނު ރަނުގެ ފުރުސަތުގައި ހަންނާނު ލައްވާ އެއްދޮނުގައި ދެބުޅި ޖާލަނީއެވެ. ހަންނާނުގެ އަމިއްލަ ތެލުގެ ވިޔަފާރި ފުޅާކުރެވެން އޮތީ މުއިއްޒު ބުނިހާ ގޮތެއް ހަދާދީގެން ވާދަވެރިޔާ ނައްތާލައިގެންނެވެ. ދަ ހޯކްސް އާއި ދެކޮޅަށް މަޖިލީހުގެ ކޮމެޓީތައް ބޭނުންކޮށްގެން އެ ޖަހަނީ އެ ސަކަރާތެވެ.

އަމިއްލަ އެދުމާހުރެ ކޮމްޕްރަމައިޒްވެފައިވާ ތުޅަދޫ ހަންނާނަށް ޖެހޭނީ ނަމިރާ ނާޒިމާއި މުއިއްޒު ބުނިހާ ގޮތެއް ހަދާދޭށެވެ. ދަ ހޯކްސް ފުޑާލެވެންދެން ހަންނާނު ހުންނާނީ މުއިއްޒު އެޅިހާ ބަތަކަށް ރިހަވެފައެވެ.

]]>
Wed, 27 Aug 2025 20:35:40 +0500 އެޑިޓަރ
ފަލާހަށް: މީޑިއާ އުލުބައިންދަށް ނޫޅެ ގެއަށް ކަނޑާލާ https://heerasnews.com/3497 https://heerasnews.com/3497 ނޫހެއްގައި އިނގުރައިދޫ ފަލާހާއި ގުޅޭގޮތުން ކޮންމެވެސް ދުވަސްވަރެއްގައި އޮތް އޭނާ ހިތްހަމަނުޖެހޭ ހަބަރަކާ ގުޅިގެން ހިތުގައި މީޑިއަށް އޮތް ޒަމާންވީ ނަފްރަތެއް މިއަދު މަޖިލީހުގައި ބަންޑުން ކޮށްލައިފިއެވެ. މީޑިއާތަކަކީ މީހުން ރުހޭހާ ވާހަކައެއް ގެނެސްދީގެން ބަޔަކު އުފާކޮށްދޭން ހިންގާ ވަސީލަރެއް ނޫނެވެ.

މުއިއްޒާއި ފަލާހަށް އެކަން އޮޅިގެން އުޅުމަކީ މީޑިއާގެ މައްސަލައެއް ނޫނެވެ. މީޑިއާއަކުން ގެނެސްދޭ ވާހަކައެއްގެ ތެދުދޮގު ހާމަކޮށްދީ ދިފާއުވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮވެއެވެ. ހަގީގަތާއި ހިލާފު ވާހަކައެއް މީޑިއާއަކުން ގެނެސްދީފިނަމަ އެ މީޑިއާއެއް ޖަވާބުދާރީ ކުރެވޭނެ ގޮތް ރާއްޖޭގެ ގާނޫނު ތަކުގައި އަބަދުވެސް އޮވެއެވެ.

ފަލާހު ވެރިކަން ހިންގާ ޕާޓީގެ ޕީޖީ ލީޑަރ ކަމުގައި ހުރެގެން މީޑިއާ އުލުބައިންދަން ތަކުރާރުކޮށް ގޮވާލުމުން އެ ވާހަކަ ނޫސްތަކުން ގެނެސް ދިނީމާ މީޑިއާތައް އުލުބޭންދިޔަސް އެހެން ނުގޮވާ ކަމަކަށް ނުވާނެއެވެ. އެއީ ދޮގަކަށްވެސް ނުވާނެއެވެ. 

އެހެން ނޫނަސް ސިޔާސީ ގޮތުން ލިބިފައިވާ ބާރުވެރިކަމަކީ ހަސަދަ ފިލުވަން ދީފައިއޮތް ތަޅުދަނޑިއެއް ނޫނެވެ. ހުށަހަޅައިގެން ބަހުސްކުރާ މީޑިއާ ކަސްތަޅު ބިލާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މެންބަރަކީ ޝައިތާނެއް ކަމަށް ފަލާހު މަޖިލީހުގެ ތަޅުމުގައި ގޮވިގޮވުން ފަލާހާ އަރާ ހަމަކުރާ ދުވަސް ނާހެއް ނުދާނެއެވެ. 

މަގުބޫލުކަން ހޯދަން ފަލާހުމެންގެ މޮޅު ވާހަކަ ދައްކުވަން ވީމާ މީޑިއާ ވަރެއް ނޯވެއެވެ. މަޖިލިހުގެ ތަޅުމުގައި ލިބޭ ރައްކާތެރި ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވާދަވެރިން ޝައިތާނުންނަށް ހަދާ މީޑިއާތައް އުލުބައިންދަން ގޮވާލި ގޮވާލުމަކީ ޓެރެރިޒަމްގެ އަމަލެކެވެ. ވެރިކަންވެއްޓި ދާނެކަމަށް ޑެސްޕަރޭޓް ވެގެން ކިޔޭ ނުކިޔޭ ނެނގޭ ވަރަށް މޮޔަވުމުން ރަނގަޅުވަނީ ގެއަށް ކަނޑާލުމެވެ.  

]]>
Wed, 27 Aug 2025 16:23:28 +0500 އެޑިޓަރ
މީޑިއާގެ ދިފާއުގައި އައްބާސް ދައްކަވާ ނަމޫނާއަށް ސެލިއުޓްކުރެވޭ https://heerasnews.com/3496 https://heerasnews.com/3496 މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅައިގެން އުޅޭ މީޑއާ އެންޑް ބްރޮޑްކާސްޓިންގ ބިލަކީ މީޑިއާތަކަށް މާލީގޮތުން ދަތިކޮށް ނުރުހޭ ނޫސްވެރިން ޖަލަށްލާން ހުށައަޅާފައިވާ ބިލެއްކަމަށް މަޖިލީހުގެ ތަޅުމުގައި މެންބަރު އައްބާސް ވިދާޅުވެއްޖެއެވެ.

ބިލަށް ބަހުސްކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ " ދައުލަތުގެ މުއައްސަސާ ތަކުން ވައްކަން ކުރީމާ އެކަންތައް ހޯދާ ބަލައި މީޑިއާތަކުގައި ލިޔަން ތިބި ބޭފުޅުންގެ ހަތަރެސްފައި ބަންދުކޮށް ކަސްތޮޅު އަޅައި އެބޭފުޅުން ޖަލަށްލައި، އެބޭފުޅުންނަށް އަދަބު ދީ، ސަރުކާރު ނުރުހޭ ކޮންމެ މީޑިއާއެއް މާލީ ގޮތުން ދަތިކޮށް ޖެއްސުންކޮށް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުމަށް ހުށަހަޅާފައި އޮތް ބިލެއް" ކަމަށެވެ. 

މޯލްޑިވުސް މީޑިއާ އެންޑް ބްރޯޑުކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖުލީސްއަށް މިހާރު ހުށައެޅި ބަހުސްކުރަމުންދާ ބިލް ސަރުކާރު ނުވަތަ ޕީއެންސީ ގެ މެންބަރުންގެ ކުޑަވެސް ހެޔޮނިޔަތެއް އޮތްނަމަ އެއްވެސް ޝަރުތަކާ ނުލާ މަޖުލީސް އިން ބޭރުކޮށްލުމަށް އައްބާސްވަނީ އޭގެ ކުރިންވެސް ގޮވާލައްވާފައެވެ. ބިލްގެ ސަބަބުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާ ނޭދެވޭ އަސަރުތަކެއް ކުރާނެ.ކަމަށް އައްބާސް ވިދާޅުވެއެވެ. ބިލުގެ ބައެއް މާއްދާތަކަށް ބަލާއިރު ސަރުކާރުން ބޭނުންވާ ކޮންމެ ނޫސްވެރިއަކަށް ޖިނާއީ ދައުވާކޮށް ޖަލަށް ލުމުގެ ފުރުސަތު ފަހިވެގެންވދާކަން އޭނާ ފާހަގަ ކުރައްވައެވެ.

ބިލު މިހާރު މިއޮތްގޮތުން މީޑިއާ ތަކާއި ނޫސް މަޖައްލާތަށް އެއިރަކު ހުންނަވާ ރައީސުލްޖުމްހުރިއްޔާގެ ބާރުގެ ދަށަށް ގެންދިއުމުށް ފުރުސަތު ފަހިވެގެންދާ ކަމަށާއި ވަކިވަކި ނޫސްވެރިން5000 އާއި 25000 އިން ޖޫރިމަނާ ކުރެވިގެންދާނެކަމަށް އައްބާސް ވިދާޅުވެއެވެ. މީޑިއާތަށް 100000 އިންޖޫރިމަނާ ކުރެވިގެންދާނެ ކަމުގެ ކަންބޮޑިވުން ފާޅުކުރައްވަމިން މީޑިއާ ބިލްގެ ސަބަބުން ނޫސްވެރިންދަރަނިވެރިވެ އެބައިމީހުންގެ އާއިލާތައް ބިކަވެ، މީޑިއާތައް ދަރަނިވެރިވެ މިނިވަން ނޫސްވެރިކަން ނެތި ފަނާވާނެކަމީ ޔަޤީންކަމެއް ކަމަށް އައްބާސް ވިދާޅުވެއެވެ.

ވަކި ފަރުދަކާއި ވަކި ޕާޓީއަކަށްވުރެ ގައުމު ބޮޑުވާނެކަން ރައްޔިތުން އިންތިހާބު ކުރައްވާފައިވާ ރައްޔިތުންގެ މަންދޫބުން މިއަދު ވިސްނާލައްވަން ޖެހޭ ކަމަށާއި ގައުމުގެ މަސްލަހަތާއި މުސްތަގުބަލް މުހިންމުވާނެކަން ރައްޔިތުންގެ މަންދޫބުނަށް އައްބާސް ހަނފުމަފުޅުކޮށް އަރުވައެވެ. 

]]>
Wed, 27 Aug 2025 13:59:10 +0500 އެޑިޓަރ
ބެލްކަންޏާއި ދޮންއަމާ ޖަޒުބާތުގައި މުއިއްޒާއި ނާޒިމް https://heerasnews.com/3478 https://heerasnews.com/3478 ރާއްޖޭގެ ނަންހިގާ ނޫހެއް ކަމުގައިވާ އަދަދު ނޫހުން " ޖީ ސަކީލާން" ގެ ނަމުގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއން ވީޑިއޯ ރިޕޯޓެއް ނެރުނެވެ. ދޮންއަމާގެ ނަމުން މަޝްހޫރުވި އެރިޕޯޓަކީ ރައީސް މުއިއްޒަށް ހަޖަމްކުރެއްވުނު ރިޕޯޓަކަށް ނުވިއެވެ.

ދޮންއަމާ އަށް ނޫސްވެރިކަމުގެ އެވޯޑެއް ލިބުން ވެގެން ދިޔައީ ވަކީން ބޮޑަށް ރައީސަށް އެރިޕޯޓް ހަޖަމު ނުވިކަމަކަށެވެ. އެންމެ ފަހުން ކެތް ނުކުރެއްވިގެން އޭސީސީ ވެސް މީޑިއާ ކައުންސިލަށް ވައްދާ އެތަނުން ދިން ނޫސްވެރިކަމުގެ އެވޯޑަކީ ކޮރަޕްޝަނުގެ ތެރެއިން ހިނގި ކަމަކަށް ހަދަން ފޫގެޅިގެޅުން ޕްރެޝަރ ބޮޑުވެގެން ދިޔައީ ތޮޅިއަށެވެ. 

އެހެން އެކަން އޮއްވާ ބެލްކަނިން ވެއްޓި ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެ އެ މަރާގުޅިގެން ތަފާތު ގޮތްގޮތަށް ތުހުމަތު ކުރެވުނެވެ. ސިޔާސީ ނުފޫޒުން އެ ކުއްޖާގެ މަރުގެ ހަގީގަތް އޮޅުވާލަން މުއިއްޒު ސަރުކާރުން އުޅޭކަމަށް ގަބޫލުކުރެވޭ އެތައް ކަމެއް ހިނގިއެވެ.

އެންމެ ފަހުން ޗެނަލް 13 އިން "ބެލްކަނި" ނަމުގައި ތަހުގިގީ ނޫސްވެރިކަމުގެ ތެރެއިން ވަރުގަދަ ރިޕޯޓެއް ނެރުނެވެ. ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމަށް އެރިޕޯޓް ހަޖަމް ކުރެއްވުނު ކަމަކަށް ނުވިއެވެ. ހާއްސަކޮށް ޗެނަލް 13 އިން އެ ރިޕޯޓް ނެރުމަކީ ނާޒިމަށް ޔާމީނު ދެއްވި ސިޔާސީ ހަމަލާއެއް ކަމަށް ގަބޫލުކުރެއްވުނީތާއެވެ. 

ޗެނަލް 13އަކީ ރައީސް ޔާމީނުގެ މަސްލަހަތަށް މަސައްކަތް ކުރާ މީޑިއާއެއް ކަމުން ނަމިރާ ނާޒިމަކަށްެެ އެކަމެއް ހަޖަމެއް ނުވިއެވެ. ދެ މިތުރުންގެ ގޮތުގައި އުޅުނު ޔާމީނާއި ނާޒިމްގެ ގުޅުން ހަތުރުވެރިކަމަށް ބަދަލުވެ ބަދަލު ހިފުމުގެ ގުރުބާން ކަންބަޅިއަކަށް ހަދަން ނާޒިމު ދިމާކުރީ މުޅި ދިވެހި މީޑިއާ އޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.

ހަސަދައިގެ ހުޅުފަޅައިގެން ގޮސް ޗެނަލް 13 ހުއްޓުވާލުމަށް ނާޒިމް ދިމާކުރީ މަގާމުގެ ބޭނުންކޮށްގެން ގާނޫނަށް ބަދަލުގެނެސްގެން މީޑިއާތަކުގެ ވައިނޮޅި ބުރިކޮށްލައިގެންނެވެ. ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނުގެ މަސްލަހަތު އޮތް ކަމެއް މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން އޭނާއަށް ފަހިކޮށްދެމުން އޭގެ ބަދަލުގައި މީޑިއާ އޮޅުއަޅާ ބިލު ހަންނާނު ލައްވާ މަޖިލިހަށް ހުށަހަޅުވައިގެން އުޅެނީ ނަމިރާ ނާޒިމު ނޫން ދެވަނަ މީހެއް ނޫންކަމަށް އެކަން އެނގޭ މަސްދަރުތަކުން ބުނެއެވެ.

އަޑިނޭނގޭ އެތައް އަނދިރި ސައިޓްތަކަށް ހަރަދުކޮށް ގައުމު ފަސާދަކުރުމުގައި އެތައް ދުވަހަކު އުޅުނު މީހަކަށް ކުއްލިޔަކަށް އެހުރިހާ ކަމެއް ގޯސްވެ ނޫސްވެރިންނާ ނޫސްވެރިކަން ހިސޯރުކުރަން ދިމާކުރުމުގެ ފަހަތުގައި އޮތީ ދޮންއަމާ އާއި ބެލްކަނި ނޫން އެހެން އެއްޗެއް ނޫނެވެ.

ޖަޒްބާތުގައި ޖެހިފާހުރިވަރުން މަޖިލިހުގެ ނައިބު ރައީސް މައިނޯރިޓީ މެންބަރުންނާ ދެކޮޅަށް ތަޅުމުގައިދެއްކި ވާހަކައިންވެސް މުއިއްޒު ބޮލަށް ހުތްޖަހައިގެން މީޑިއާތައް އޮބި އަޅުވަން އުޅެނީ ކާކު ކީއްވެކަން އެނގޭނެއެވެ. މާބޮޑު މެޖޯރިޓީއެއްގެ މަތިގައި ތިބި ވާހަކަ ގޮވާލުމުން މީޑިއާ ނޭވާހޮޅިއަށް އަޅުވަން މުއިއްޒާ ގުޅިގެން އުޅެނީ ކާކުކަން ވަރަށް ސާފެވެ.

]]>
Wed, 20 Aug 2025 10:10:00 +0500 އެޑިޓަރ
އާއްމުން ނިކުމެ ގޮއިދޫ ޕޮލިސް އިންޗާޖު ރަށުންބެލީމާ ރައީސް އަޅާދިނީ ބިންގާ https://heerasnews.com/3468 https://heerasnews.com/3468 ރަށްރަށުގައި ޕޮލިސް މަރުކަޒުތައް އަޅައިގެން ޕޮލިހުން ބައިތިއްބަނީ ކީއްކުރަން ހެއްޔެވެ. ރައްޔިތުންނަށް ރައްކާތެރިކަންދީ ހިދުމަތް ކުރަންކަމާ މެދު ސުވާލު އުފެދެއެވެ. 

ރައީސް މުއިއްޒު މިއަދު ނިންމާލި ބ.އަތޮޅު ދަތުރުގައިވެސް 2 ޕޮލިސް ސްޓޭޝަނެއްގެ ބިންގާ އަޅާދިނެވެ. ބ. އަތޮޅު ދަތުރުގައި ރައީސް ބިންގާ އަޅާދިން އެއްތަނަކީ ބ. ގޮއިދޫ ޕޮލިސް ސްޓޭޝަނެވެ. 

ރައީސް ގޮއިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާދިނީ ވަރަށް ފާހަގަ ކޮށްލެވޭ ދަނޑިވަޅެއްގައެވެ. ފާހަގަކޮށްލެވޭ ކަމަކަށް އެކަންވީ ގޮއިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް ހުރި ޕޮލިސް އޮފިސަރު އެ ރަށުގެ އަންހެނަކާ ނާޖާއިޒު ގުލުންތަކެއް ހިންގައިގެން އެކަން ފަޅާއަރައިގެން އާއްމުން ނިކުމެ ޕޮލިސް އިންޗާޖު ރަށުން ބޭލި ރެއާއި ޖެހިގެން އައި ދުވަހު ޕޮލިސް ސްޓޭޝަންގެ ބިންގާ ރައީސް އެޅުމުންނެވެ. 

ޕޮލިސް ސްޓޭޝަން ތަކުގެ އިންޗާޖުން އެފެންވަރަށް ވަހުޝީވެ ކޮރަޕްޓް ވީމާ ޕޮލިހުންގެ ކިބައިން ރައްކާތެރިކަމެއް ލިބޭނެކަމަށް ގަބޫލު ކުރާނީ ކާކުހެއްޔެވެ. ފުލުހުންގެ ހިދުމަތަކީ ހިދުމަތެއް ކަމަށް ބަލައިގަންނާނީ ކާކުހެއްޔެވެ. އާއްމުން ނިކުމެ ފުލުހުން ހުއްޓުވާ ހިސާބަށް ކުށްކުރާ ބަޔަކަށް ފުލުހުން ވުމުން ގައުމުގައި އޮންނާނީ ކޮން ހަމައެއް ލަމައެއް ހެއްޔެވެ.

ރައީސް ރަށްރަށުގައި ޕޮލިހުންގެ މަރުކަޒުތައް ހަދާދިފައި ޕޮލިހުން ބައިތިއްބަނީ މަގާމުގެ ބޭނުންކޮށްގެން މީހުންގެ އަނބިންނާ ނާޖާއިޒު ގުޅުން ހިންގުވުމަށް ހެއްޔެވެ. ރަށްރަށުގެ ޕޮލިސް ސްޓޭޝަން ތަކަކީ ރަށްރަށުގައި އުޅޭ އަހެނުން ޝިކާރަކުރަން ނިޒާމީގޮތެއްގައި މީހުން ރެކްރޫޓް ކުރަން ގާއިމުކުރާ ތަންތަން ހެއްޔެވެ. 

]]>
Thu, 14 Aug 2025 20:58:07 +0500 އެޑިޓަރ
ޝާހިދަކީ ޓެސްޓްކުރަން ނުޖެހޭ އިތުބަާރު ޕްރޮޑަކްޓެއް https://heerasnews.com/3461 https://heerasnews.com/3461 ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ތަޖުރިބާކާރު އެންމެ ފާހަގަ ކޮށްލެވޭ މަދު މީހުންގެ ތެރެއިން އެއް ބޭފުޅަކަށް އަބްދުއްލާ ޝާހިދު ވާނެއެވެ. އިލްމާ ހުނަރާ ސިޔާސީ ކުފޫހަމަ ކަމުގައި ޝާހިދާ ފައިހަމަ ކޮށްލެވޭނެ މީހުން މަދުވާނެއެވެ. 

އޮނަރަބަލް ޝާހިދަކީ އެންމެ ޒުވާން އުމުރުއްސުރެ ގައުމީ ހިދުމަތުގައި ވަރުބަލި ކަމެއްނެތި ދެމިހުންނެވި ފަހުލަވާނެކެވެ. ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައިވެސް ޝާހިދަކީ އޭގެ އެންމެ އުސްކުންނަށް ވާސިލުވެ ވަޑައިގެން ސިޔާސީ ދަންމަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމު ފުރުއްވީ ތިންބާރު ވަކިވުމުގެ ޅަފަތުގައި ފިސާރި ސާބިތުކަމާއި ހިކުމަތްތެރި ކަމާއެކުގައެވެ.

ރާއްޖެއަކީ ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ވެއްޓަކަށް ހެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވުމަށް ފަހު އެމްޑީޕީއާއި ގުޅިވަޑައިގެން އަމިއްލަފުޅު ތަޖުރިބާއާއި ފަންނުވެރިކަން އެމްޑީޕީއަށް ހުސްކޮށް ލެއްވިއެވެ. ފަސްޖެހިވަޑައިގަންނެވި ކޮންމެ ދަނޑިވަޅެއްގައި ފަހަތަށް ޖެހިވަޑައިގަތަސް އެމްޑީޕީގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެން ކޮންމެ ކަމެއް ކުރެއްވީ ލޯތްބާއި އެކުގައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ދެ ފަހަރެއްގެ މަތީން ރާއްޖެ ތަމްސީލު ކުރެއްވުމުގެ އެންމެ އިސްދައުރު އަދާކުރެއްވީ ދުނިޔެއަށް ނަމޫނާ ދައްކަވަމުންނެވެ. ރާއްޖެ ހައިބަތާ ޝަރަފު ބަވަނަވެތި ދުނިޔޭގައި ދެއްކެވުމުގައި އެހެން އެއްވެސް ދިވެއްސަކަށް ހާސިލްނުވާ އިއްޒަތާ ގަދަރު ޝާހިދު ހޯއްދެވިއެވެ. އދ މަޖިލީހުގެ ރައީސް ކަމުގެ ޝަރަފުވެރި މަގާމު ހޯއްދަވާ މުޅި ދުނިޔެއަށް ރާއްޖޭގެ ގަދަރު އުފުލާލަ ދެއްވިއެވެ. 

ދައުލަތް ހިންގުމުގައި އިސް ސަފުން ޖާގަ ލިބިވަޑައިގަތް ކޮންމެ ދަޑިވަޅެއްގެ ބޭނުން ހިއްޕެވީ ރައްޔިތުންގެ ހެވާއި ލާބައަށް ހިދުމަތް ކުރެއްވުމަށެވެ. ނިޝާން އިއްޒުއްދީގެ އިއްޒަތް އެންމެ ފުރަތަމަ ލިބިވަޑައިގެން ބޭފުޅުންގެ ތެރޭގައި ޝާހިދު ހިމެނިވަޑައިގަތީ ގައުމީ ހިދުމަތުގައި ޝާހިދުގެ މަސައްކަތްޕުޅުގެ މަތިވެރި ކަމުންނެވެ 

ރާއްޖޭގެ ފޮރިން ސާރވިސްގެ އެންމެ އިސް މަސްއޫލިއްޔަތު އުފުއްލެވުމުގައި އެންމެ ފަހުން ހޭދަކުރެއްވި ފަސް އަހަރު ނިންމާލެއްވީ ރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ ފަރާތްޕުޅުން އޭ ސްޓަރ ހޯއްދަވައިގެންނެވެ. 

އޮނަރަބަލް ޝާހިދު ވަނީ އެމްޑީޕީގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައެވެ. އެމްޑިޕީގެ ރައީސް އަބްދުއްލާ ޝާހިދަކީ މިހާރު އެމްޑީޕީގެ އެއް ތަނބެވެ. އެބޭފުޅެއްގެ ނަން އިވުމުން އެމްޑީޕީ ސިފަވާ، އެމްޑީޕީއޭ ބުނުމުން އެބޭފުލަކު ސިފަވާ މަދު ބޭފުޅުންގެ ތެރޭގައި ޝާހިދު ހިމެނިވަޑައިގަނެއެވެ. 

]]>
Tue, 12 Aug 2025 00:40:00 +0500 އެޑިޓަރ
އެހެންބަޔަކު ކުރީމާ ގެއްލޭ މުއިއްޒު ކުރީމާ ނުގެއްލޭ މިނިވަންކަން https://heerasnews.com/3426 https://heerasnews.com/3426 އެހެން ބަޔަކު ކުރީމާ ގެއްލޭ މުއިއްޒު ކުރީމާ ނުގެއްލޭ މިނިވަންކަން މިއަދު ރާއްޖޭން ފެނިގެން މިދަނީއެވެ. ދިފާއީ ވަޒީރު ގައްސާނު މައުމޫނު ބުނާގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަކީ ޑރ. މުއިއްޒު އެންމެ އިސްކަންދޭ ސިޔާސަތެވެ. އެއިން ކަމަކަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް މުއިއްޒު ސަރުކާރަކު ނުހުންނާނެޔޯލައެވެ. އެހެން ކަމަށްވާނަމަ އިންޑިއާ އާއިއެކު ކުރީ ސަރުކާރުން ބޭއްވި ގާތްގުޅުމުން މިނިވަންކަން ގެއްލިފައި މުއިއްޒު ސަރުކާރުން ގާތްކަން ބޭއްވުމުން ނުގެއްލޭ މިނިވަންކަމަކީ އަޒާތެއްގެ އަރަތެކެވެ.

ކުރީ ސަރުކާރުތަކުން އިންޑިއާ އާއިއެކު އެއްބަސްވުންތަކެއް ވެގެން ރާއްޖޭގައި ކުރަމުންއައިހާ ކަމަކީ އަޅުވެތިކަން ކަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ވަރަށް ބޮޑަށް ސިފަކުރިއެވެ. ރައީސް ޔާމީނާއި ޑރ. މުއިއްޒާއި ގައްސާނާއި ނައިފަރު ޝިޔާމާއި އަދުރޭއާއި ތރާކުނު ސައީދުފަދަ އެތައް ބަޔަކު އެއްވާނަކަށް ނިކުމެ އިންޑިއާގެ އަޅުވެތިކަމުން ސަލާމާތްވާން މަސައްކަތް ކުރިއެވެ. ފުޅާ އިންޑިއާ އައުޓް ކެންޕޭނެއް ޖައްސާ ރައްޔިތުންގެ ގިނަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެއްދިއެވެ.  

އިންޑިއާއިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭނުން ކުރުމަކީ އިންޑިއާގެ އަޅުވެތި ކަމުގެ ބައެއްކަމަށް ގޮވާލެވުނެވެ. އިންޑިއާގެ އެތައްހާސް ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދާކަމަށް ތުހުމަތު ކުރިއެވެ. އިންޑިއާގެ އަސްކަރީ ބޭސްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ހުރިކަމަށް އަޑުފެތުރިއެވެ. ރާއްޖޭގައި އިންޑިއާގެ އެހީގައި ހިންގަމުންއައި ތަރައްގީގެ ޕްރޮޖެކްތްތަކަކީ އިންޑިއާގެ އަޅުވެތި ކުރުމެއްކަމަށް ދެއްކިއެވެ. އިންޑިއާއިން ދިން ލޯނާއި ހިލޭއެހީ އަކީވެސް އަޅުވެތި ކުރުން ކަމަށް ގަބޫލުކުރުވިއެވެ. 

ނަތީޖާއެއްގެ ގޮތުން މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުމުން ސަރުކާރުން ފާޅުގައި އިންޑިއާ ދެކޮޅަށް ހަރަކާތްތައް ފަށައިގަތެވެ. ޑޯނިއާ ބޯޓާއި ހެލްކޮޕްޓަރު ބޭނުން ކުރުން މެދުކަނޑާލައި މޯލްޑިވިއަންގެ ބޯޓެއްގައި ދަވާދުލައިގެން އެއަރ އެންބިއުލާންސް ހެދިއެވެ. ސަރަހައްދު ބަލަހައްޓަން އިންޑިއާގެ އުޅަނދު ފަހަރު ބޭނުން ކުރުމުގެ ބަދަލުގައި ތުރުކީން ޑްރޯން ގަނެގެން ގެނައެވެ.

އިންޑިއާގެ 2 ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވާލުމުގެ ހިތްވަރު ނެތިގެން އިންޑިއާގެ އަސްކަރީ އެ އުޅަނދުތައް އޮޕަރޭޓްކުރަން ތިބި އިންޑިއާގެ އަސްކަރީން ބޭރުކޮށްލާ ނަމުގައި މަދަނީންގެ ގޮތުގައި ފަންނީ އިންޑިއާ މީހުން ގެނައެވެ. ތިބިކަމަށް ބުނި އެތައްހާސް އިންޑިއާ ސިފައިން އެރީ މައްޗަށް ކަމެއް ފައިތަޅާ ދަށަށް އަޑިއަށް ދިޔައި ނޫންކަން ނޭގުނަސް އިންޑިއާ ސިފައިން ބޭރުކޮށްލެވިގެން މަތިހަށި ނަގާފައި އުޅުނުއިރު ސެނަހިޔާ ހޮސްޕިޓަލްގައި ޔުނީފޯމް އެޅި އިންޑިއާ ސިފައިންގެ އެތައް ބަޔަކު މަސައްކަތް ކުރަމުން ދިޔައެވެ.  

ރާއްޖެއަށް ބިހާއި އަލުއްވާއި ފިޔާފަދަ ބާވަތްތައް އިންޑިއާއިން ގެނައުމުގެ ބަދަލުގައި ޕާކިސްތާނާއި ތުރުކީން ގެންނަން ނިންމިއެވެ. ރާއްޖެއަށް ކާޑުގެ ބާވަތްތައް އިންޑިއާއިން ގެނައުމުގެ ބަދަލުގައި ތުރުކީން ގެންނަން އުޅުނެވެ. ބޭސްފަރުވާ ކުރަން ދިވެހިން އިންޑިއާއަށް ފޮނުވުމުގެ ބަދަލުގައި ބެންކޮކާއި ދުބާއީން އާސަންދަ ދޭން މަސައްކަތް ކުރިއެވެ. އިންޑިއާއިން ޑޮކްޓަރީ ބޭސް އެތެރެކުރުމުގެ ބަދަލުގައި ޔޫރަޕުން ރާއްޖެއަށް ބޭސް ގެންނަން ހިފާލިއެވެ.

މެއި، 2024، ގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގައި ބުނީ ސަރުކާރުގެ ވިސްނުމަކީ ދިވެހިން މެދުވެރިކޮށް ދިވެހިންނަށް ހިދުމަތް ދިނުން ކަމަށެވެ. މުއިއްޒު ސަރުކާރުގައި ރައީސް މުއިއްޒުގެ ވިސްނުމަކީ ދިވެހިންގެ ގާބިލްކަން އިތުރުކޮށްގެން ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ހިދުމަތެއް ދިނުންކަމަށެވެ. ސިފައިން މެދުވެރިކޮށް ދެވޭ ހިދުމަތެއް ކަމަށް ވިޔަސް އަދި އެ ނޫން މުއައްސަސާއަކުން ދެވޭ ހިދުމަތެއް ވިޔަސް ހަމަ ދިވެހިންނަށް ހިދުމަތް ކުރާނީ ދިވެހިން ކަމަށެވެ. ނަމަވެސް މިއަދު މިޖެހުނީ ކޮންތާކު ހެއްޔެވެ. 

]]>
Sat, 26 Jul 2025 13:38:30 +0500 އެޑިޓަރ
ހިނގަހިނގާ ހުއްޓާ އެ ޖައްސާލީ އިނދަ! https://heerasnews.com/3382 https://heerasnews.com/3382 އުމުރުން ދުވަސްވީ މީހުނަށް ހާއްސަކޮށްގެން މާލޭގައި ރައީސް ސޯލިހު ވެރިކަމުގައި ތައްޔާރުކުރި ނާދީ ވެގެންދިޔައީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށެވެ. އައްޑު އަތޮޅުގައި ރައީސް ސޯލިހު ވެރިކަމުގައި ބިނާކުރި ހަންކެޑެ ބްރިޖުވެސްވީ މުއިއްޒުގެ ވައުދުފުޅަކަށެވެ. ބީއެމްއެލްެ އޭޓީއެމް ރަށްރަށުގައި ބެހެއްޓުމަކީވެސް ރައީސް މުއިއްޒުގެ ވައުދުފުޅެއް ގޮތުގައި ހިންގާ މެގަ ޕްރޮޖެކްޓެކެވެ. 

ރައީސް ޔާމީނން ވެރިކަމުގައި ފައްޓާ ބޮޑެތި ބަދަލުތަކާއެކު ތަރައްގީކޮށް 90 އިންސައްތަ މަސައްކަތް ރައީސް ސޯލިހުގެ ވެރިކަމުގައި ނިންމަފައިވާ ވެލާނާ އިންޓަނޭޝަލް އެއަރޕޯޓްގެ ޓާމިނަލް ވެސް އެވީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށެވެ. މުޅި ރާއްޖެ ދަތުރުފަތުރުން ގުޅުވާލުމަށް ރައީސް ސޯލިހު ފެއްޓެވި އާރުޓީއެލް ފެރީ ނިޒާމްވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުޅަކަށްވެ ނިމިއްޖެއެވެ. 

ރައީސް ސޯލިހުވެރިކަމުގައި އެސްޓީއޯއާއި ހަވާލުކޮށްގެން ހުޅުމާލޭ ހޮސްޕިޓަލްގައި ދިހަ އެނދުގެ އައިސީޔޫއަކާއި ތުއްތު ކުދިންނަށް ހާއްސަ އެންއައިސީޔޫއަކާއި ސެންޓްރަލް ސްޓްރެއިލް ސާވިސް ޑިޕާޓްމަންޓަކާއި ކަށީގެ އޮޕަރޭޝަން ތިއޭޓަރަކާއި ލޮލުގެ އޮޕަރޭޝަން ތިއޭޓަރަކާއި އަންހެނުންގެ ހާއްސަ އަދި ޖެނެރަލް އޮޕަރޭޝަން ތިއޭޓަރެއް ގާއިމުކުރުންވެސް ވެގެން ދިޔައީ ރައީސް މުއިއްޒުގެ ޓާޝަރީ ވައުދުފުޅަކަށެވެ.

ރައީސް ސޯލިހު ފެއްޓެވި ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓްވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަށް ވެގެންދާތަން ފެންނާނެއެވެ. އަނެއްކޮޅުން ވިލިމާލެ ބުރިޖު ރައީސް މުއިއްޒުގެ ވައުދުފުޅަށްވެ ނިމޭކަށް ލަހެއް ނުވާނެއެވެ. މާލޭ ބޮޑުފާލަމަށް ބެއްޔަސް އެކަން އޮތީ އެހެންނެވެ. މިގޮތައް ކިޔާފަ ނުކިޔާނެ ވަކިކަމެއް ނެތެވެ. ވެވަޑައިގެން ރިޔާސީ ވައުދުފުޅުތައް ހުރީ ހުރި ގޮތަށެވެ. ފުއްދެވުނު ވައުދުފުޅެއް ހަރާމުން ހަރާމެވެ. 

ރައީސް ޔާމީނު މިނިވަން ކުރެއްވުމާއި އިންޑިއާ ސިފައިން ބޭލުމާއި ކަނޑު ހޯދުމުގެ ވައުދުގެ ވާހަކަ ނުދައްކާ އެހެން ވައުދުފުޅުތަކަށް ބެއްޔަސް ފުއްދުނުވައުދެއް ފުއްދޭ ވައުދެއް ނުފެނެއެވެ. ސިޔާސީ މަގާމުތައް މަދުކުރުމުން ފެށިގެން ރަސްމާލެއާއި އަންޑަވޯޓާރ ޓަނަލާއި ހަމައަށްވެސް އެއްވެސް ވައުދެއް ނުފުއްދަވައެވެ. މައްޗަށް ނާރާނެކަމަށް ވިދާޅުވި ޑޮލަރުގެ އަގު 20ރ ހުރަސްކޮށް މައްޗަށް އެރީއެވެ. 

ކާޅު ހާލިހެދިމާ ކޮވެލި ބިސް އެޅުމުގެ ދެވަނައެއް ނެތް މިސާލަކީ ރައީސް މުއިއްޒެވެ. އަމިއްލަފުޅު އިސްނެންގެވުމުގައި ކުރެއްވިއްޔާ ކުރެއްވިކަމަކުން ގައުމަށާއި ރައްޔިތުންނަށް ލިބޭނީ ގެއްލުމާ ހަލާކެވެ. ހަމަރަގަޅަށް ގައުމު ހިނގަހިނގާ ހުއްޓާ މުއިއްޒު އެޖައްސާލީ އިނދައެވެ. 

]]>
Mon, 30 Jun 2025 11:15:45 +0500 އެޑިޓަރ
ކަނޑުން ބައެއް ގެއްލުނިއްޔާ ގެއްލުނީ ޔާމީނުގެ އިހުމާލުން! https://heerasnews.com/3383 https://heerasnews.com/3383 ގައުމެއްގެ ސިޔާދަތީ ބާރު ހިނގާނީ އެގައުމެއްގެ އާޕިލަޖިކް ބޭސް ލައިނުން ފެށިގެން ބޭރަށް 12 މޭލާ ހަމައަށެވެ. ގައުމަކަށް ލިބިގެންވާ ހުރިހާ ހައްގެއް އެ ބާރަ މޭލުގެ އެތެރޭގައި އެސަރަހައްދު ނިސްބަތްވާ ގައުމަކަށް އޮންނާނެއެވެ. އާޕިލަޖިކް ބޭސް ލައިނުން ފެށިގެން ބޭރަށް 12 މޭލުގެ އެތެރެއަކީ އެގައުމެއްގެ ޓެރެޓަރީއެވެ. އޭގެ ބޭރަކީ ބައިނަލް އަގުވާމީ ކަނޑެވެ. 

ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން) އަކީ އެގައުމެއްގެ ސިޔާސީ ސަރަހައްދެއް ނޫނެވެ. އެކްސްކްލޫސިވް އެކޮނޮމިކް ޒޯންއަކީ އެ ސރަހައްދަކާ ގުޅިފައިވާ ގައުމެއްގެ އިގްތިސޯދީ ބޭނުމަށް ބައިނަލް އަގުވާމީ ކަނޑުން ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.

ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން) ކަމުގައި ކަނޑައެޅިފައި އޮންނަނީ އެ ގައުމެއްގެ އާޕިލަޖިކް ބޭސް ލައިނުން ފެށިގެން ބޭރަށް 200 މޭލު ހިމެނޭ ސަރަހައްދެވެ. ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން) އަކީ އެގައުމެއްގެ ސިޔާސީ ސަރަހައްދެއް ނޫނެވެ. އެހެން ކަމުން އެއްވެސް ހާލެއްގައި ގައުމެއްގެ ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން) ކަނޑަކީ އެ ސރަހައްދު ނިސްބަތްވާ ގައުމެއްގެ އަމިއްލަ ތަނެއް ނޫނެވެ. 

ދެ ގައުމެއްގެ އިގްތިސޯދީ ސަރަހައްދު ފުށުއަރައިގެން އެއްވެސް ދިމާއަކުން 200 މޭލު ނުލިބޭނަމަ އޮންނަ ބައިނަލް އަގްވާމީ ހަމައަކީ ދެ ގައުމުން އެއްބާސްވާ ގޮތެއްގެ މައްޗަށް ބަހާލުމެވެ. ރާއްޖޭގެ އުތުރުން ސްރީލަންކާއާއި އިންޑިއާއި ރާއްޖޭގެ ގުޅޭ ސަރަހައްދުގެ ބައިނަލްއަގުވާމީ ކަނޑުން ތިން ގައުމުން ކުރެއެއްވެސް ގައުމަކަށް އެކްސްކްލޫސިވް އެކޮނޮމިކް ޒޯންގެ ގޮތުގައި 200 މޭލެއް ނުލިބެއެވެ. އެހެންކަމުން ތިން ގައުމު އެއްބަސްވީ ގޮތުގެ މައްޗަށް އެ ސަރަހައްދު އޮންނަނީ ބަހާލެވިފައެވެ. ތިން ގައުމުންމެ އެ އެއްބަސްވުމަށް އިހުތިރާމް ކުރެއެވެ. 

ވަރަށް ފަހަކާ ޖެހެންދެންވެސް ރާއްޖޭގެ ދެކުނުން އޮތް ޗާގޯސްއަކީ ވަކިބައެއްގެ ސިޔާދަތީބާރު ހިނގާ ތަނެއްގެ ގޮތުގައި ނެތުމުން ކުރިއަކުން ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން)ގެ ގޮތުގައި 200 މޭލު ނުލިބުމުގެ މައްސަލައެއް ނެތެވެ. ޗާގޯސް ކަނޑުގެ ސަރަހައްދުން ރާއްޖެއަށް 200 މޭލުގެ ހާއްސަ އިގުތިސޯދީ ސަރަހައްދެއް ނެތުމުގެ މައްސަލަ އުފަންވީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ބައިނަލްއަގުވާމީ ގޮތުން ގަބޫލު ކުރި ހިސާބުންނެވެ. 

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓީސް (އައިސީޖޭ) އާއި އދ ގެ ޖެނެރަލް އެސެމްބްލީން ޗާގޯސްގެ ސިޔާދަތީބާރު މޮރިޝަސްއަށް އޮތްކަމަށް ގަބޫލުކުރި ހިސާބުން ކަނޑުގެ ސަރަހައްދުތަކުގެ މައްސަލަ ނިންމާ ބައިނަލްއަގުވާމީ ކޯޓް "އިޓްލޮސް" މެދުވެރިކޮށް ރާއްޖެއާއި ޗާގޯސްއާއި ދެމެދު އޮތްކަނޑުގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ފުށުއެރުން ހައްލުކުރިއެވެ. ބައިނަލްއަގުވާމީ ހަމަޔަކީ ފުށުއެރުން ހަމައަށް ދެބައިކުރުމެވެ. އެގޮތުން ރާއްޖޭން ކުރިމަސައްކަތުން "އިޓްލޮސް"އިން މައްސަލަ ހައްލު ކުރުމުގައި ރާއްޖެއަށް ވީގެއްލުމެއް ނެތެވެ. 

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ބައިނަލްއަގުވާމީ ހުރިހާ އިދާރާއަކުން ގަބޫލުކުރުމުން ރާއްޖޭން ރުހުނަސް ނުރުހުނަސް ރާއްޖެއާއި ޗާގޯސްއާއި ދެމެދު އޮތް ކަނޑުގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ފުށުއެރުން ހައްލުނުކުރާން ރާއްޖޭން ކިތަންމެ ވަރަކަށް ހިފެހެއްޓިޔަސް "އިޓްލޮސް" މެދުވެރިކޮށް މޮރިޝަސްއިން އެކަން ހައްލުކުރާނެއެވެ. 

ހާއްސަ އިގުތިސޯދީ ސަރަހައްދުން ރާއްޖެއަށް ގެއްލުނު އެއްޗެއް ގެއްލުނީ ރައީސް ޔާމީނުގެ އިހުމާލުން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މަސައްކަތް ނުކުރުމުންނެވެ. ޗާގޯސްގެ ސިޔާދަތީބާރު ހޯދަން މޮރިޝަސް އިން އދ ގައި ލޮބީކޮށް ހުރިހާ މަސައްކަތެއް ކުރީ ޔާމީނު ރާއްޖޭގެ ވެރިކަމުގައި ހުއްޓައެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް މަސައްކަތް ކުރިއިރު ޔާމީނު ހުރީ އަޅާކަހާވެސް ނުލައެވެ. ޗާގޯސް ހޯދަން ކުޑަވެސް ކަމެއް ނުކޮށެވެ.

2019 ގައި އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓްގައި މޮރިޝަސްއާއި ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމުން އެކަން ކުށްވެރިކޮށް ބަޔާންނެރެ އެ މައްސަލައިގައި ރައީސް ސޯލިހު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުވީވެސް ޔާމީނެވެ. ކަނޑުން ބައެއް ގެއްލުނިއްޔާ ގެއްލުނީ ޔާމީނުގެ ފަރުވާކުޑަކަމާ ގޮތްނެތް ކަމުންނެވެ. އެމްޑީޕީ ސަރުކާރަކުން އަކަ އިންޗިއެއްވެސް ވިއްކައިގެނެއް ނޫނެވެ. 

]]>
Sun, 29 Jun 2025 12:52:26 +0500 އެޑިޓަރ
ވާނުވާނޭނގި ބުޅާމަދުވުން ޝައިތާނާއަށް އަޅުކަންކުރުމާ ގުޅުމެއްވޭތަ! https://heerasnews.com/3384 https://heerasnews.com/3384 ޝައިތާނާއަށް އަޅުކަންކުރުން ވަރަށް ބާރަށް ދުނިޔޭގައި ފެތުރެމުން އެބަ ދެއެވެ. ތުރުކީ ފަދަ ގައުމުތަކުގައި ސައިތާނީ ވިސްނުން ފެތުރުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި، ކޮމްޕިއުޓަރާއި އިންޓަރނެޓް އެންމެ އިސް ދައުރެއް އަދާކުރެއެވެ. ސައިތާނީ ވިސްނުމަށް ޝައުޤުވެރިވާ ޒުވާނުންގެ ތެރޭގައި ގިނައީ ހައި ސްކޫލް ދަރިވަރުންކަން ފާހަގަކުރެވެއެވެ. ނިޔަތުގައި ޒުވާނުން ސައިތާނީ ވިސްނުމަށް ޝައުޤުވެރިކުރުވުމަށް ގަސްދުގައި މަސައްކަތްކުރާ މީހުން ވެސް މަދެއް ނޫނެވެ. 

ސެޓަނިޒަމް ނުވަތަ ޝައިތާނާއަށް އަޅުކަންކުރުން ދުނިޔޭގައި މުހިންމު މައިގަޑުނަމަކަށް އުޅުނު ދުވަސްވަރު ބައެއް ޓީވީ ޗެނަލްތަކުން ސެޓަނިކް އަޅުކަންތައް ދައްކާފައިވެއެވެ. އެގޮތުން ސެޓަނިކް އަޅުކަމުގައި ބުޅާ ގުރުބާންކޮށް، އޭގެ މަސް ކަވާބުކޮށް، ލޭ ބޯކަން އެދުވަސްވަރު އެނގިގެން ދިޔައެވެ. 

އެހިސާބުން އެމީހުން ބުޅާ ގުރުބާންކުރަނީ ކީއްވެތޯ ސުވާލު އުފައްދަންފެށިއެވެ. ސެޓަނިސްޓުން ގުރުބާން ކުރަނީ ހަމައެކަނި ބުޅާ ނޫންކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެނިހެން ޖަނަވާރުތައް ވެސްއެ މީހުން ގުރުބާން ކުރެއެވެ.

ލޭ އޮހޮރުވުމަކީ ސެޓަނިކް އަޅުކަންތަކުގެ އަސާސެކެވެ. ސެޓަނިސްޓުން ބުޅަލަށް އިސްކަންދެނީ އެތައް ސަބަބަކާ ހުރެއެވެ. ބައެއް މީހުން ދެކޭގޮތުގައި ބުޅަލަކީ ވަފާތެރި ނޫން ޖަނަވާރެވެ. އަނެއްބައި މީހުން ބޮޅާ ޝައިތާނާއާ އެއްފަދަ ކުރެއެވެ.

ސެޓަނިސްޓުންގެ އެންމެ ފަހުގެ އަމާޒަކީ ޝައިތާނާ ހަލާކުކޮށް، ދުނިޔޭގެ ވެރިކަމުގެ ބާރު އަތުލުންކަމަށްވާތީ، ބުޅާ ގުރުބާން ކުރުމުން އެކަން ރަމްޒީގޮތުން ހާސިލްވާކަމަށް އެމީހުން ދެކެއެވެ. ބުޅަލަކީ ނުބައިކަން ތަމްސީލުކުރާ ޖަނަވާރުތަކުގެ ތެރެއިން އެއް ޖަނަވާރުކަމަށްވެސް އެ މީހުން ގަބޫލު ކުރެވެއެވެ.

ބޮޅަލަކީ އެހެން ޖަނަވާރުތަކަށްވުރެ ފަސޭހައިން ހޯދައި ހިފޭ އެއްޗެކެވެ. އެހެން ނަމަވެސް ގުރުބާން ކުރަން ބުޅާ ހިޔާރުކުރުމުގެ ފަހަތުގައި މާ ނުބައި އެހެން ސަބަބުތަކެއް ވެއެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެންމެ ފުރަތަމަ ކަމަކީ، ބުޅަލަކީ މީހުން ލޯބިވާ އެއްޗަކަށް ވުމެވެ. ލޯބިން ގޭގައި ގެންގުޅެވޭ ޖަނަވާރެއްކަމުގައި ބުޅާ ވާތީ ބުޅާ ގުރުބާން ކުރަންޖެހޭ ކަމަށް އެމީހުން ދެކެއެވެ. މީހުން ލޯބިވާ އަދި އަގުހުރި ކޮންމެ އެއްޗެއް ހަލާކު ކުރުމަކީ ސެޓަނިޒަމްގެ އެއް އުސުލެވެ.

ސެޓަނިޒަމްގައި ބުޅާ ގުރުބާން ކުރެވޭ އެންމެ މުހިންމު އަނެއް ސަބަބަކީ މުސްލިމުން ގުރުބާން ކުރަނީ ބަކަރި އަދި ގެރި ފަދަ ހަލާލު ޖަނަވާރަށް ވުމެވެ. ސެޓަނިސްޓުން ގުރުބާން ކުރުމުގައި އިސްކަންދެނީ ހަރާމް ޖަނަވާރުތަކަށެވެ. އެހެން އެކަންކުރުމުގެ މައިގަނޑު ސަބަބަކީ ސެޓަނިޒަމްގެ މަގުސަދަކީ އިދިކޮޅު ތަމްސީލުކުރުމާއި، އެހެން މީހުންނާ އެއްގޮތް ނުވުމާއި، ދީންތަކުން މަނާކުރާ ކޮންމެ ކަމެއް ކުރުމެވެ.

ސެޓެނިސްޓުން ގުރުބާންކުރާ ޖަނަވާރުގެ ބޮޅުގެ ލޭ ބޯނީ އެއިން އަބަދީ ދިރިހުރުމުގެ އިހުސާސް ލިބޭނެކަމަށް ދެކިގެންނެވެ. ލޭ ބުއިމުގެ އަނެއް ބޭނުމަކީ ޝައިތާނާއަކީ ލޭ ބޯ އެއްޗެއްކަމަށް ބެލެވޭތީއެވެ. އެހެން ކަމުން މިދުވަސްވަރު ވާނުވާ ނޭނގި ރާއްޖޭން ބުޅާ މަދުވުމާއި ޝައިތާނާއަށް އަޅުކަން ކުރުމާ އެއްވެސް ގުޅުމެއް އޮތްތޯ ކަށަވަރުކޮށް ފިޔަވަޅު އަޅަންޖެހެއެވެ. ނޫނީ މާ ލަސްވެދާނެއެވެ. 

]]>
Sat, 28 Jun 2025 15:40:32 +0500 އެޑިޓަރ
ޗާގޯސް ހޯދެންއޮތް އެންމެފަހު ފުރުސަތު ގެއްލުވާލީ ޔާމީން! https://heerasnews.com/3323 https://heerasnews.com/3323 ލެކެޑިވްސް ރިޖުގައި ލެކެޑިވްސްއާއި ރާއްޖެއާއި ޗާގޯސް އޮތުމަކީ ރާއްޖޭގެ ބަޔަކަށް ޗާގޯސްވުމުގެ ހުއްޖަތެއްނޫނެވެ. ތޮބައީ ގޮތުން ރާއްޖޭގެ އަތޮޅަކާއި އެއްގޮތްވިޔަސް ޗާގޯހަކީ ރާއްޖޭގެ ބައެއްކަން އެނގޭ އިތުބާރުހުރި އެއްވެސް ހެއްކެއްނެތެވެ. ނުވަވަނަ ހަސަން ރަސްގެފާނުގެ ފަތްކޮޅެއްކަމުގައި ބުނެވޭ ލިޔުމެއްގައި އޮތް އިބާރާތެއް ފިޔަވާ ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް ބާރުދޭ ތާރީހީ ހެއްކެއްނެތެވެ.

ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނުއިރު ވެސް ރާއްޖޭގެ ސިޔާސީ ސަރަހައްދު ކަމަށް ބަލައިގެންފައިވަނީ އިހަވަން ދިއްޕޮޅުން ފެށިގެން އައްޑޫގެ ނިޔަލަށެވެ. ޖޯގްރަފީ ގޮތުން ރާއްޖޭގެ ޗާޓްގައި ހިމެނޭ ސަރަހައްދަކީވެސް އިހަވަންދިއްޕޮޅުން ފެށިގެން އައްޑޫގެ ނިޔަލަށެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކުން ވެސް މިހާތަނަށް ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައި އޮތްއިރު ޗާގޯސްގެ ރަށްތަކެއް ރާއްޖޭގެ ބައުންޑަރީގައި ހިމަނާފައެއް ނުވެއެވެ. 

އަނެއްކޮޅުން ބައިނަލް އަގުވާމީ އެއްވެސް މަހައްލެއްގައި ޗާގޯސްގެ މިލްކުވެރިކަމަށް ރާއްޖޭން އަޑުއުފުލާފައެއް ނުވެއެވެ. މޮރިޝަސް ހުއްޓާނުލާ ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ބައިނަލް އަގުވާމީ މައިދާނުގައި މަސައްކަތް ކުރަމުން ދިޔައިރު ރާއްޖޭގެ އެއްވެސް ސަރުކާރަކުން ޗާގޯސް ހޯދުމަށް އެއްވެސް ކަމެއް ނުކުރެއެވެ. ޝަމްސުއްދީނު އިރުއްސުރެ އަދި އޭގެ ކުރިއާއިއެކު މިވަގުތާ ހަމައަށްވެސް ރާއްޖޭގެ ވެރިކަމުގެ ފަރާތުން ޗާގޯސް އަތޮޅަކީ ރާއްޖޭގެ ބައެއް ކަމަށް ގަބޫލުކޮށް އެއްވެސް މަސައްކަތެއް ކުރިކަމެއް އެނގޭކަށް ނެތެވެ.

ޗާގޯސްގެ ހަގީގީ ރަށްވެހިންގެ ތެރޭގައި މަދުން ނަމަވެސް މުސްލިމުން ނެތުމަކީ ޗާގޯހަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ބައެއް ނޫންކަމަށް ބާރުލިބޭ އެންމެ ބޮޑު ހެއްކެވެ. ޗާގޯސްއިން ފެންނަން ހުރި ބިނާތަކާއި އާސާރުތަކާއި ތާރީހީ ހެކިތަކުން އިސްލާމީ އަސަރު އެއްވެސް ވަރަކަށް ފެންނަން ނެތުމަކީ ރާއްޖެއާއި ޗާގޯސްގެ ގުޅުމެއް ނެތްކަން އެނގޭ ކަމެކެވެ. ޗާގޯސް ރަށްތައް އަޅުވެތިކޮށްގެން އެތާނގެ ވަޒަންވެރި ބޭލުމުން އެއިގެ ތެރެއިން އެންމެ އާއިލާއެއްވެސް ރާއްޖެ ހިޔާރު ނުކުރި ނުކުރަކީވެސް ޗާގޯސްއާއި ރާއްޖެ ތާރީހީ ގުޅުމަކުން ގުޅެފައި ނެތްކަމުގެ ދަލީލެކެވެ. ބެހިގެން ރާއްޖޭގެ އުޅަދު ފަހަރު ފޯޅަވައްސަށް ދިޔުމާއި ބަޑަހަ ޖަހައިގެން މަސްވެރިކަން ކުރަން މަދުމަދުން ދިވެހިން ގޮސް ތިބުމަކީ ޗާގޯސް ދިވެހިންގެ މިލްކަށް ވާންޖެހޭ ސަބަބެއް ނޫނެވެ. 

މޮރިޝަޝްއަށް ޗާގޯސް ލިބުމުން ފޯޅަވަހީގައި އޮތް މިލިޓަރީ ބޭހުގެ ކުލީގެ ގޮތުގައި މޮރިޝަސްއަށް އެތައް މިލިޔަނެއްގެ ޑޮލަރ ކޮންމެ އަހަރަކު ލިބޭނެއެވެ. ޗާގޯހުގައި ޓޫރިޒަމް ހިންގައިގެން ވެސް ރާއްޖެއާއި ވާދަ ކޮށްފާނެއެވެ. ޗާގޯސް ކަނޑުގައި މަސްވެރިކަން ކޮށްގެން މޮރިޝަސްއިން ނަގާނެ ފައިދާ އެހާމެ ބޮޑުވާނެއެވެ. މޮރިޝަސް ޗާގޯސް ބޭނުންކޮށްގެން ހޯދާނެ ފައިދާ ރާއްޖެއަށް އެގެންވީ މިއަދަކު ނޫނެވެ.

ކުރިން ދުރާލާ ނުވިސްނާ ތިބެ ޗާގޯސް ހޯދަން ލިބުނު އެންމެ ފަހު ފުރުސަތު ވެސް 2017 ގައި ގެއްލުވާލެއްވީ ރައީސް ޔާމީނެވެ. 2019 ގައި މޮރިޝަސްއާއި އެއްކޮޅަށް އދ މަޖިލީހުގައި ވޯޓު ނުދީގެން އެކަން ކުށްވެރިކޮށް ބަޔާންނެރެ މުޒާހަރާ ކުރުވީވެސް ރައީސް ޔާމީނެވެ. މިހާރު ދެން ރައީސް ޔާމީނު އެ ދައްކަވަނީ ކޮން ޗާގޯހެއްގެ ވާހަކައެއް ހެއްޔެވެ. 

]]>
Mon, 26 May 2025 16:30:12 +0500 އެޑިޓަރ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޗާގޯހެއް ނުހިމެނޭ! https://heerasnews.com/3322 https://heerasnews.com/3322

ސިޔާސީ މިނިވަންކަން ރާއްޖެއަށް ލިބުމުގެ ކުރިންވެސް ފަހުންވެސް ރާއްޖޭގެ ބައެއްކަމުގައި ޗާގޯސް ނުވެއެވެ. ވާނަމަ އިނގިރޭސީން އަތުން މިނިވަންކަން ލިބުނު އިރު ރާއްޖޭގެ ބައެއްގެ ގޮތުގައި ޗާގޯސް އޮތީހެވެ. ސިޔާސީ މިނިވަންކަން ލިބުނީއްސުރެ މިއަދާ ހަމައަށްވެސް ޗާގޯސް ރާއްޖޭގެ ބަޔަކަށް ވެގެން އެތަން ހޯދުމަށް ރާއްޖޭގެ އެއްވެސް ސަރުކާރުން ލޮބީކޮށް ޝަކުވާކޮށް ދައުވާކޮށް ހަނގުރާމަކޮށް ހަދާފައެއް ނުވެއެވެ.

މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ފާޅުގައި މަސައްކަތް ކުރަމުން ދިޔައިރުވެސް ރާއްޖޭން ޗާގޯސް ހޯދާކަށް އުޅެފައެއް ނެތެވެ. ރާއްޖޭގެ ސަރަނައްދީ ގާނޫނުތަކުގައި ވެސް އެއްވެސް އިރަކު ޗާގޯސް އައިލެންޑްސް ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލާފައެއް ނުވެއެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު އުފަންކުރީ 1996 ގައެވެ. އޭގެކުރިން ރާއްޖޭގެ ސަރަހައްދާއި ގުޅޭ ދެ ގާނޫނެއް އޮތެވެ. ދިވެހިރާއްޖެއަށް ޚާއްޞާ އިޤްތިޞާދީ ސަރަޙައްދާބެހޭ ޤާނޫނު (ގާނޫނު ނަންބަރު 30/76) އާއި ދިވެހިރާއްޖޭގެ ސިޔާސީ ސަރަޙާއްދުގެ ވަޔާއި، ކަނޑާއި އަދި އިޤްތިޞާދީ ސަރަޙައްދުގެ ތެރެއިން ބޭރު ޤައުމުތަކުގެ އުޅަނދުތަކާއި މަތިންދާބޯޓުފަހަރު ދަތުރުކުރުމާބޭހޭ ޤާނޫނު (ޤާނޫނު ނަންބަރު 32/76) އެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު 1996ގައި ތަސްދީގުކުރުމުން އެ ދެ ގާނޫނު އުވުނީއެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވެއެވެ. ސަރަހައްދުތަކާބެހޭ ގާނޫނުގައި ފަސް ބާވަތަކަށް ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދު ބަޔާން ކޮށްފައިވެއެވެ. ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު ބުނާ 5 ބާވަތުގެ ކަނޑަކީ:-

  1. ދިވެހިރާއްޖެގެ އެތެރޭގެ ކަނޑު
  2. އާކިޕެލަޖިކް ކަނޑު
  3. ސަރަޙައްދީ ކަނޑު
  4. ސަރަހައްދީ ކަނޑާއި ގުޅިފައިވާ ކަނޑު
  5. ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު 

ދިވެހިރާއްޖެގެ އެތެރޭގެ ކަނޑު

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގެ އެތެރެވަރިއާއި، ރަށްރަށުގެ ފަޅާއި، ފަރުތަކަކީ ދިވެހިރާއްޖޭގެ އެތެރޭ ކަނޑެވެ. އަދި މިތަންތަނުގެ އިތުރަށް ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަނޑުގެ އެކިއެކި ސަރަޙައްދު، ދިވެހިރާއްޖޭގެ އެތެރޭ ކަނޑުކަމުގައި ކަނޑައެޅުމުގެ ޙައްޤު، ދިވެހިސަރުކާރަށް ލިބިގެންވެއެވެ.

އާކިޕެލަޖިކް ކަނޑު

ދިވެހިރާއްޖޭގެ އެތެރޭ ކަނޑު ފިޔަވައި،  ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަމާލެވޭ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ކަނޑުގެ ސަރަޙައްދަކީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ކަނޑެވެ.

ގާނޫނު ބަޔާންކުރާ ގޮތަށް ދަމާލެވިފައި އާޕިލޮޖިކަލް ބޭސްލައިން

ސަރަޙައްދީ ކަނޑު ( ރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު)

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑެވެ.

ސަރަހައްދީ ކަނޑާއި ގުޅިފައިވާ ކަނޑު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ސަރަޙައްދީ ކަނޑުގެ ބޭރު ކައިރިން ފެށިގެން ބޭރުގައިވާ 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދަކީ، ދިވެހިރާއްޖޭގެ ގުޅިފައިވާ ކަނޑެވެ.

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ އާކިޕްލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން އެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަޙައްދާއި، އެ ސަރަޙައްދުގެ ކަނޑު އަޑީގައިވާ ފަސްގަނޑަކީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެވެ.

  • އިޤްތިޞާދީ ސަރަޙައްދާ ފުށުއެރުން ހައްލުކުރުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ 6 ވަނަ މާއްގައި ބުނެފައިވާ ދވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ހިއްޞާ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހިސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމެންޓެއްގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް ޤާނޫނު ހުރަސްނާޅާ ކަމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު ބުނެއެވެ. 

]]>
Mon, 26 May 2025 14:12:57 +0500 އެޑިޓަރ
އެމްޑީޕީ އޮތީ އެކަތިގަނޑެއް ގޮތުގައި: ރައީސް ސޯލިހު https://heerasnews.com/3248 https://heerasnews.com/3248 ސަރުކާރުން އެމްޑީޕީއާއި ދެކޮޅަށް ސިޔާސީ ދައުވާކުރުމާއި ބިރުދެއްކުމަކީ އައުކަމެއް ނޫނެވެ. ބިރުން ފަސްޖެހުމަކީ އެމްޑީޕީގެ ސިފައެއް ނޫނެވެ. އަނިޔާވެރި ވެރިން މައިތިރިކޮށް ހަމަމަގަށް އެޅުވުމަކީ އެމްޑީޕީގެ ސިފައެވެ. އެމްޑީޕީއަކީ ދައްކާ ބިރަކަށް ސިހި ފަހަށްޖެހޭ ބައެއްވެސް ނޫނެވެ. މިނުނު ނާޅިއަކުން މިނަން އެމްޑީޕީއަށް އެގެއެވެ. 

ވެރިކަން ރީތި ގޮތުގައި ކުރުމަށް ފުރުސަތުދީގެން ތިބެން އެމްޑީޕީއަށް އެނގެއެވެ. ވެރިކަން މަގުން ކައްސާލީމާ ޖަވާބުދާރީ ކުރުވަންވެސް އެމްޑީޕީ ދަނެއެވެ. ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަކީ އެމްޑީޕީއަށް ނިކަން ފަރިތަކަމެކެވެ. އަޑުނީވޭ ވެރިންނަށް އަޑު އިއްވަންވެސް ވަރަށް ފަރިތަވާނެއެވެ. ސުލްހަވެރި އެއްވުމަށާއި މަދަނީ ބަސްނޭހުމަށްވެސް އެމްޑީޕީ މޮޅުވާނެއެވެ. 

އެމްޑީޕީއަކީ ރައްޔިތުންގެ ހެވާއި ލާބައަށް އެންމެ ގިނަ މަސައްކަތްކުރާ ޑިމޮކްރެޓިކް ހަމަ ގަބޫލުކުރާ ސުލްހަވެރި ސިޔާސީ ޕާޓީއެވެ. ގައުމުގެ ކަންކަން ފާލުންނައްޓާ ހީރަސް ކެނޑިގެން ޑަތަން ބަލާކަށް އެމްޑީޕީ ނުއޮންނާނެއެވެ. އަނެއްކޮޅުން އެމްޑީޕީއަކީ ވަކިމީހަކު ބާރުވެރިވުމަށް އޮންނަ ސިޔާސީ އައްޑަނައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ލީޑަރަކަށް ވެވޭގޮތަށް ތަރުތީބުވެފައި އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. 

އެމްޑީޕީގެ ތެރެ ރޫޅާލާ ބައިބައިކުރަން އުޅޭ ކޮންމެ ބަޔަކު ޖެހޭނީ ފޭލިވާށެވެ. އެތެރޭގައި ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑަސް ގައުމީ ޕާޓީގެ ހަމަތައް ނަގަހައްޓާ ޒިންމާދާރު ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. ސިޔާސީ ވާދަވެރި ކަމަށް އެންމެ ބޮޑަށް ފުރުސަތު އޮތް ޕާޓީއަކީ ވެސް އެމްޑީޕީއެވެ. 

އެމްޑީޕީގެ ބާރު ކަނޑުވާލުމަށް ވާދަވެރިން ދަމާ ގުއިރޯނުގައި އެމްޑީޕީއެއް ނުޖެއްސޭނެއެވެ. އެމްޑީޕީ ޖަނާޒާކުރަން އުޅުނު މީހުންނާއި ރޫޅަން އުޅުނު މީހުނަށް ވީގޮތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. އެތެޜޭން ވިޔަސް ބޭރުން ވިޔަސް އެމްޑީޕީގެ ވާގިނައްތާލަން ކުރާކޮންމެ ކަމެއް ފޭލިކޮށްލުމުގެ ހިތްވަރު އެމްޑީޕީގައި ހުރެއެވެ. 

އަޑު ކަނޑުވާލުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި މަންދީ ޒުބައިރާއި މާޒް ސަލީމް ފަދަ އިސްއެކްޓިވިސްޓުންނާ ދެކޮޅަށް ސިޔާސީ ދައުވާކުރިޔަސް އެމްޑީޕީ ފުކެއްވެސް ފަހަތަކަށް ނުޖެއްސޭނެއެވެ. އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދާއި ރައީސް ސޯލިހު ވިދާޅުވާހެން މުޅި އެމްޑީޕީ އޮތީ އެކަތި ގަޑެއްގެ ގޮތުގައެވެ. އޮޅެގެން ނޫޅޭށެވެ. 

]]>
Thu, 17 Apr 2025 20:31:13 +0500 އެޑިޓަރ
އެލިޒަބަތު ކޯލްޓަންގެ ހިފެހެއްޓުމެއްނެތް ޝުކުރު ޝާހިދަށް https://heerasnews.com/3135 https://heerasnews.com/3135 ޔޫ.އެން.އައި.ޓީ.އޭ.އާރުގެ " ދި އާޓް އޮފް ސްޕީޗްރައިޓިންގ" ކޯހުގައި އޮނަރަބަލް ޝާހިދު ދެއްވި ފާހަގަކޮށްލެވޭ ޕްރެޒެންޓޭޝަނަށްޓަކައި ގަދައަޑުން އަތްތިލަބަޑި ޖައްސަވާ ވަރަށް ބޮޑަށް އޮނަރަބަލް ޝާހިދަށް ޝުކުރު ދަންނަވާ ކަމަށް އެލިޒަބަތު ލިޒް ކޯލްޓަން ވިދާޅުވެއްޖެއެވެ. ޔޫ.އެން.އައި.ޓީ.އޭ.އާރުގެ ޑިޕްލޮމަސީ ކޯސް ހިންގަވަނީ އެލިޒަބަތު ލިޒް ކޯލްޓަންއެވެ.

އެލިޒަބަތް (ލިޒް) ކޯލްޓަން އަކީ އަންހެނުންގެ މައްސަލަތަކާއި، އިންސާނީ ޙައްޤުތަކުގެ މައްސަލަތަކާއި، ފަންނުވެރިކަމާއި، ޑިމޮކްރަސީ އަދި ސިޔާސީ ކެމްޕޭންތަކަށް ވަރަށް ޝައުޤުވެރިކަމާއެކު މަސައްކަތްކުރައްވާ ވަކާލާތުކުރައްވާ އަދި ހިލޭސާބަހަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާއަށް ފަރިތަ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ކުރީގެ ނޫސްވވެރިއެކެވެ. ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުންތެރިއެކެވެ. ޑިޕްލޮމެޓެކެވެ. އޭނާއަކީ އިންޓަރނޭޝަނަލް މިއުޒިއަމް އޮފް ވިމެން (އައި.އެމް.އޯ.ޑަބްލިއު) ގެ ބިންގާ އަޅުއްވައި، އެންމެ ފުރަތަމަ ރައީސްކަން ކުރެއްވި ފަރާތެވެ. 

ޔޫ.އެން.އައި.ޓީ.އޭ.އާރުގެ ޑިޕްލޮމަސީ ކޯހުގައި ޑިޕްލޮމެޓުންނަށް ވުމުގެ ހިތުލޯބީގައި މަސައްކަތްކުރާ ފަރާތްތަކާއެކު ބައިވެރިވެ މަސައްކަތްކުރއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެލިޒެބަތު (ލިޒް) ކޯލްޓަންއަށް ޝުކުރު އަދާކުރަވައެވެ. 

އދގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގައި އޮންރަބަލް ޝާހިދު ހޭދަކުރެއްވި ދުވަސްތަކުން ލިބިވަޑައިގެން ތަޖުރިބާތައް ބައިވެރިންނަށް ހިއްސާކުރެއްވިއެވެ. ޑިޕްލޮމަސީގެ ދާއިރާގައި އަންނަމުންދާ ބަދަލުތަކުގެ މައްޗަށާއި ބައިނަލްއަގުވާމީ އެއްބާރުލުން ބިނާކުރުމުގައި ވާހަކަދެއްކުމުގެ ބާރުގެ މައްޗަށް ޔޫ.އެން.އައި.ޓީ.އޭ.އާރުގެ ޑިޕްލޮމަސީ ކޯހުގައި ޝާހިދު ބައްލަވާލެއްވިއެވެ.

ޔޫ.އެން.އައި.ޓީ.އޭ.އާރުގެ ޑިޕްލޮމަސީ ކޯހުގެ ބައިވެރިންނާ މުހާތަބުކުރުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައާއި މި މުހިންމު މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށްޓަކައި ލިޒް ކޯލްޓަންއަށް ޝުކުރު ދަންނަވާކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.                  

]]>
Thu, 20 Feb 2025 12:51:50 +0500 އެޑިޓަރ
ރަސްފަންނާއި ސަލްޓަން ޕާރކު އަލުން އާރާސްތުކުރުން ކުރިއަށް! https://heerasnews.com/3125 https://heerasnews.com/3125 ރަސްފަނާއި ސަލްޓަން ޕާރކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީއެވެ. ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތް ސަލްޓަން ޕާރކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ފަށައިފައެވެ.

2016 ވަނަ އަހަރު ބޮޑެތި ބަދަލުތަކާއެކު އަލުން ހުޅުވުނު ސަލްޓަން ޕާރކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތާނގެ އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށް އިޢުލާނުކޮށްފައެވެ. ސަލްޓަން ޕާރކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި އެތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަނެެވެ.

ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅު ކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ އަންނަ ހަފްތާގެ ތެރޭގައި އެތަނުން ޗަކަ ނަގައި، މައިގަނޑު އާބާތުރައިގެ މަސައްކަތް ފަށާނެއެވެ.

ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ބާތިލުކުރެވިފައެވެ. މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ މާލެ ސިޓީ ކައުންސިލުންނެވެ.

]]>
Fri, 14 Feb 2025 17:21:06 +0500 އެޑިޓަރ
ގައުމީ ދުވަހަކީ ރައްޔިތުންގެ އަޑު އިއްވުމުގެ ދުވަސް: ފައްޔާޒު https://heerasnews.com/2751 https://heerasnews.com/2751 ގައުމީ ދުވަހުގެ ތަހުނިޔާ ފަޚުވެރި ދިވެހި ދަރިންނަށް އަރިސްކުރައްވާ ކަން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ފާޅު ކުރައްވާފައެވެ.

ފައްޔާޒު ވިދާޅުވި ގައުމީ ދުވަހުގެ ގޮތުގައި ޙާއްސަ ދުވަހެއް ފާހަގަ ކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލްއައުޒަމް ކުރެއްވި މަތިވެރި ޖިހާދުން، ޕޯޗްގީޒުންގެ އަތްދަށުން މި ވަޠަން ސަލާމަތް ކުރެއްވުމާއެކު، ދިވެހީންގެ އަމިއްލަ ވެރިކަމެއް ހިންގާ މިނިވަން މުސްތަޤިއްލު ގައުމަކަށް ދިވެހިރާއްޖެ ވީ ކަމުގެ ޒިކުރާ އައު ކުރުމަށެވެ.

ފުރިހަމަ މިނިވަންކަމާއެކު، ގައުމެއްގެ ސިފައިގައި ދިވެހިރާއްޖެ އޮތުމަށް ޓަކައި ފަރުދީ، ދާހިލީ އަދި ހާރިޖީ މިނިވަންކަން އެކުއެކީ ދެމެހެއްޓުން ނުހަނު މުހިންމު ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ތާރީހު ހެކިދޭ ގޮތުން، މި ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކު އެކަމެއް މެދުވެރި ވެފައިވަނީ، ދިވެހީންގެ ތެރެއިން ބަޔަކު އަމިއްލަ މަންފާއަށް ޓަކައި ނުވަތަ ރައްޔިތުންނަށް މޮޅުގޮތް ހޯދައި ދިނުމުގެ ނަމުގައި ހިންގި ފަރުވާކުޑަ އަދި ނޭއްގާނީ ޢަމަލުތަކެއްގެ ސަބަބުން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ގައުމީ ދުވަހަށް އަލިވިލޭއިރު، ގައުމިއްޔަތާއި އަދި ގައުމީވަންތަކަން ގެއްލިގެންދާ ގޮތަށް ނިންމޭ ނިންމުންތަކުން އަނެއްކާވެސް މިވަނީ ދިވެހި ޖައްވުގައި ބިރުވެރިކަން އުފެދިފައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ. 

ގައުމީ ދުވަހަކީ މި ކަންކަމުގެ މައްޗަށް ރައްޔިތުން ބަސްބުނެ، އަޑު އިއްވަން އެންމެ މުނާސަބު ދުވަސްކަމަށް ވިދާޅުވަމުން މާތް ރަސްކަލާންގެ މި ލޮބުވެތި ވަތޮން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދި ދުއާ ކުރައްވައެވެ.

]]>
Wed, 04 Sep 2024 19:37:06 +0500 އެޑިޓަރ
އެމްޑީޕީގެ ނާކާމިޔާބީގެ ހިތި ހަގީގަތް! https://heerasnews.com/2629 https://heerasnews.com/2629 އެމްޑީޕީ ވުޖޫދުން ފުހެލަން ވާދަވެރިން ރޭވުންތެރިކަމާއެކު ގިނަގުނަ މަސައްކަތްތަކެއް އެބަކުރެއެވެ. ވާދަވެރިންގެ ކެހިވެރި މަޅީގައި އެމްޑީޕީގެ މެންބަރުން ތަކެއްވެސް ދަނީ ޖެހެމުންނެވެ. ބާރާ މަގާމަށްޓަކާ އެމްޑީޕީ ރޫޅާލަން ރައީސް ސޯލިހުގެ ވެރިކަމުގައި އެމްޑީޕީގެ ތެރެއިން ނިކުތް ބައެއްގެ ސަބަބުން އެމްޑީޕީއަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުން އޮތީ ދީފައެވެ. އެމްޑީޕީގެ ލީޑަރޝިޕާ މެދު ޝައްކު އުފައްދާ އެމްޑީޕީގެ ވާގި ނައްތާލަން އެމީހުން ނުކުރާކަމެއް ނެތެވެ. 

އެމްޑީޕީން ވަރުގަދަ ސިޔާސީ ހަރަކާތްތަކެއް ހިންގާ ހަމަ އިސްކޮޅަށް ދެމިލަފާނެތީ މެންބަރުންނާއި ލީޑަރޝިޕާ ދޭތެރޭގައި ނަފްރަތު އުފައްދަން ވާދަވެރިން ޖަހާމަޅީގައި އެމްޑީޕީ މެންބަރުން ޖެހެމުން ދަނީ ފަތުއަޑުކިޔާފައެވެ. އެމްޑީޕީގެ ވެރިކަމުގައި އަމިއްލަ ޖީބަށް މަންފާ ނުކުރި އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ހިތުގައި ލީޑަރޝިޕާމެދު ނަފްރަތު އުފައްދިއެވެ. ރޫޅާލަން ނިކުތް މީހުން އެމްޑީޕީ މެންބަރުންނަށް ވަސްވާސްދީ ޕާޓީގެ ހަރަކާތްތަކާ މީހުން ދުރުކުރުވިއެވެ. ބޭނުމަކީ ވަކި ބަޔަކު ނެތި އެމްޑީޕީ ނުހިނގާނެކަން ދެއްކުމެވެ. 

އެމްޑީޕީއަށް އިންތިހާބުތައް ގެއްލި ނާކަމިޔާބު ވަނީ ލީޑަރޝިޕްގެ ދޯހަޅިކަމުން ކަމަށް ދައްކަން ޒާތްޒާތުގެ މަޅި ޖަހާ ބޯތައް ދޮއްވިއެވެ. އޭގައި އެމްޑީޕީގެ އާއްމު މެންބަރުންގެ ގިނަ ބަޔަކު ވަނީ ޖެހިފައެވެ. ލީޑަރޝިޕްގައި ރަނގަޅު އެކަކުވެސް އުޅޭކަމަކަށް ނުވެއެވެ. ކަމެއްވާ ޒާތު މީހަކު ލީޑަރޝިޕާ ކައިރިވިޔަ ނުދިނުމަށް އެކިފާޑުގެ ތުހުމަތުތައް އަޅުވާ އަބުރު ކަތިލާލައެވެ. ފަހުން ޕާޓީއާ ގުޅޭމީހަކީ އަސްލު އެމްޑީޕީ މީހެއް ނޫންކަމަށް ދައްކާ ކުރިމަރާލައެވެ. 

އެމްޑީޕީ ފެށުނީއްސުރެ އެމްޑީޕީގެ ގިނަ ހަރަކާތަކީ ލީޑަރޝިޕުން ރާވައިގެން ހިންގާ ހަރަކާތެއް ނޫނެވެ. ގިނަ މުޒަހާރަތަކާއި މަދަނީ ބަސްނޭހުން ތަކަކީ އާއްމު މެންބަރުން އިސްނަގައިގެން ހިނގާދިޔަ ހަރަކާތްތަކެވެ. ހަރުގެ ޖަލްސަތަކަކީވެސް އާއްމު މެންބަރުންގެ ތެރެއިން ލީޑްކޮށްގެން ހިންގި ހަރަކާތެކެވެ. އެމްޑީޕީ މެންބަރުންނަކީ ތިމާއަށް ޕާޓިން ކޮށްދެނީ ކޮންކަމެއްތޯ ނުބަލާ ތިމާ ޕާޓީއަށް ކޮންދެވޭނީ ކޮންކަމެއްތޯ ބަލައިގެން ކަންކަން ކުރަމުން އައި ބައެކެވެ. އެމްޑީޕީ ގިނަ މެންބަރުން މަސައްކަތް ކުރަމުން އައީ ލިބިދާނެ ވަޒީފައަކަށް ޕްރޮޖެކްޓަކަށް ބަލައިގެނެއް ނޫނެވެ. އެމްޑީޕީ މެންބަރުންނަކީ އެމްޑީޕީން ގައުމުގެ ހެވާ ލާބަޔަށް ކުރާކަންކަމުން އެންމެނަށްވާ ރަނގަޅެއް ހޯދުމަށް މަސައްކަތް ކުރިބައެކެވެ. އެމްޑީޕީގެ ރޫހު ނައްތާލީ މަގާމާ ބަރަށްޓަކާ އެމްޑީޕީ ރޫޅާލަން މަސައްކަތް ކުރި މީހުންނެވެ.

ގައުމުގެ ހައްގުގައި އެމްޑީޕީ ސަރުކާރުން ކުރަމުން އައިހާ ކަންކަމަކީ އިސްރާފުކަމަށް ސިފަކޮށް ރައީސް ސޯލިހު ސަރުކާރުގައި ތިބީ ވަގުންކަމަށް ހަދައިގެން ކަންކަން ގޯހުން ގޯހަށް ދުއްވާލީ ރޫޅާލަން އުޅުނު މީހުންނެވެ. އިދިކޮޅަށްވުރެ އިދިކޮޅު ވެގެންނެވެ. ފިތުނަވެރިކޮށް ކަމެއް ކުރަން އުޅޭ ކޮންމެ މީހަކަށް ހިތްވަރު ދިނުމާއި އެމްޑީޕީ ސަރުކާރަށް ހުރަސްއެޅެން އޮތް ގޮތަކަށް ހުރަސް އެޅުމަކީ އަސްލު އެމްޑީޕީ މީހާގެ ސިފައިގައި ތިބެ ރޫޅާލަން ނިކުތް މީހުން ކުރަމުންދިޔަ ކަންކަމެކެވެ.

ވެރިކަމުގައި ފަސްއަހަރު އެމްޑީޕީ އޮތުމަށްފަހު ވެރިކަން ގެއްލުމުން އިދިކޮޅު ހަރަކާތަށް ނިކުންނަންވީއިރު ވެރިކަމުގެ ބާރު އަމިއްލަ އަތަށް ނެގުމަށް ބަޔަކު މީހުން  އެމްޑީޕީ ރޫޅަލަން ކުރި މަސައްކަތުގައި އެމްޑީޕީގެ ލީޑަރޝިޕް ބަދުނާމުކޮށް އިތުބާރު އޮތީ ގެއްލުވާލާފައެވެ. އެމްޑީޕީގެ ދިފާއުގައި ގުރުބާންވީ ގިނަ ބައެއްގެ މައްޗަށް ދޮގު ތުހުމަތުތައް އަޅުވާ މެންބަރުންގެ ހިތްތައް ކަޅުކުރީ އެމްޑީޕީގެ ތެރެއިން ނިކުތް އަމިއްލަ އެދުން ބޮޑު ބައިގަނޑެކެވެ. އެމީހުނަށް އެމްޑީޕީގެ ހުންގާނު ނުލިބޭހާ ހިނދަކު އެމްޑީޕީއަށް ކަމެއް ކުރެވޭ ކަމަކަށް ނުވާނެއެވެ. 

]]>
Mon, 22 Jul 2024 13:18:00 +0500 އެޑިޓަރ
ނަމުން އިންޑިއާ އައުޓްކޮށްފައި ގެނައީ ކޮންބައެއްކަން އެނގޭތަ! https://heerasnews.com/2459 https://heerasnews.com/2459 އިންޑިއާސިފައިން ތިބެގެން ފަޔަށް ހިނިއަރައިގެން ވެރިކަން ހޯދި މުއިއްޒު އިންޑިއާ ސިފައިން ބާލާފާ ހެލްކޮޕްޓަރ ދުއްވަން މިގެނައީ ކޮން ކަހަލަ މަދަނީންނެއް ހެއްޔެވެ. ހަގީގަތުގައިވެސް ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އަކީ މަދަނީން ހެއްޔެވެ. 

ސަރުކާރުގެ ރަސްމީ އޮނިގަނޑުގެ ތެރެއިން ވިޔަފާރި ނުކުރެވޭތީ ކޮންމެ ދައުލަތަކުން ވެސް ސަރުކާރުގެ ކުންފުނިތައް ހަދައިގެން ވިޔަފާރި ކުރެއެވެ. ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާގައި ހިންގާ ކުންފުނިތަކާ ސަރުކާރާ އެއްވެސް ތަފާތެއް ނޯވެއެވެ. 

އިންޑިއާއަކީ ވައިގެ އުޅަނދު އުފެއްދުމުގެ ގާބިލުކަން ލިބިފައިވަ ގައުމެކެވެ. ވައިގެ އަސްކަރީ އުޅަނދު ފަހަރު އުފެއްދުމުގެ ގާބިލުކަން އިންޑިއާއަށް ލިބިފައިވެއެވެ. އެހެން ކަމުން އެގައުމުގެ ބޭނުމަށް އުފައްދަންވާ ވަރަށް އުފައްދަމުން ސަރުކާރު ނޫން އަމިއްލަ ކުންފުނިތަކާއި އެހެން ގައުމުތަކާއެކު މަދަނީ އަދި އަސްކަރީ ވައިގެ އުޅަނދުގެ ވިޔަފާރި ކުރުމުގެ ބޭނުމުގައި "ހަލް" ހިންގިޔަސް "ހަލް"އަކީ އިންޑީއާ އަސްރިއްޔާގެ ބައެއް ނޫން ކަމަކަށް ނުވާނެއެވެ.  

އާނއެކެވެ. ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އަކީ ހިންދުސްތާނު ދައުލަތުގެ ވައިގެ އުޅަދު ފަހަރާއި ސަލާމަތީ އުޅަދު ފަހަރު އުފައްދާ ހިންގާ ބަލަހައްޓާ ކުންފުންޏެވެ. އިންޑިއާގެ ހަނގުރާމަމަތީ ވައިގެ އުޅަނދު ފަހާރާއި ޖާސޫސީ ވައިގެ އުޅަދުފަހަރު އުފައްދަނީވެސް ހަލް އިންނެވެ. ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އަކީ މައި އޮފީސް ބެންގަލޫރުގައި ހުންނަ ސައްތައިން ސައްތަ އިންޑިއާ ސަރުކާރުގެ (ދައުލަތުގެ) ކުންފުންޏެކެވެ. 23 ޑިސެމްބަރ 1940 ގައި އުފެދުނު އެޗް.އޭ.އެލް އަކީ ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް އެއަރޮސްޕޭސް އާއި ދިފާއު އުފައްދާ އެއް ކުންފުންޏެވެ.

އެޗްއޭއެލް އިން މަތިންދާބޯޓު އުފައްދަން ފެށީ 1942 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާގެ ވައިގެ ސިފައިންނަށް ހާރލޯ ޕީސީ-5އާއި ކަރޓިސް ޕީ-36 ހޯކް އާއި ވަލްޓީ އޭ-31 ވެންޖަންސް އުފެއްދުމުގެ ލައިސަންސް ލިބިގެންނެވެ. 4 ޕްރޮޑަކްޝަން ޔުނިޓެއްގެ ދަށުން 11 ހާއްސަ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް (އާރްއެންޑްޑީ) ސެންޓަރާއި 21 މެނުފެކްޗަރިންގ ޑިވިޒަން މުޅި އިންޑިއާގައި ފެތުރިފައިވެއެވެ.

އެޗްއެފް-24 މާރޫތު ފަޔަރ-ބޮމްބަރ އަކީ އިންޑިއާގައި އުފެއްދި ފުރަތަމަ ހަނގުރާމަ މަތިންދާބޯޓެވެ. އެޗްއެފް-24 މާރޫތު ފަޔަރ-ބޮމްބަރ އަކީވެސް "ހަލް"ގެ އުފެއްދުމެކެވެ.

އެޗް.އޭ.އެލް (ހަލް) ހިންގަނީ އިންޑިއާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގެ ރައީސް އައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑަކުންނެވެ. އެޗް.އޭ.އެލް (ހަލް) މިހާރު ބޮޑަށް ހަރަކާތްތެރިވަނީ ފަޔަރ ޖެޓާއި ހެލިކޮޕްޓަރާއި ޖެޓް އިންޖީނާއި މެރިން ގޭސް ޓަރބައިން އިންޖީނު ޑިޒައިންކޮށް އުފެއްދުމާއި އެވިއޮނިކްސްއާއި ސޮފްޓްވެއަރ ޑިވެލޮޕްމަންޓާއި ސްޕެއަރ ސަޕްލައި ކުރުމާއި އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތައް އޯވަހޯލްކޮށް އަޕްގްރޭޑް ކުރުމުގައެވެ. ހަލްއާއި ގުޅޭގޮތުން މިއީ އާއްމުކުރެވިފައި ހުރި މައުލޫމާތެވެ. ޖާސޫސީ މައުލޫމާތު އެއްކުރުމުގެ ކެޕޭސިޓީ ހުރިވަރެއް އަންދާޒާވެސް ކޮށްނުލެވޭނެއެވެ. ކުރުކޮށް ބުނާނަމަ ހަލްއަކީ އިންޑިއަން އެއަރފޯހުގެ ހިތެވެ.

]]>
Fri, 10 May 2024 16:11:17 +0500 ހީރަސްނިއުސް
ހޯރަ އިއްބެ މަރުވީ މިދިޔަ ހުކުރު ދުވަހަކުނޫން! https://heerasnews.com/2397 https://heerasnews.com/2397 ހޯރަ އިއްބެ ފުރަތަމަ ދެކެންފެށީ މ. ޑައިމަންޑްވެލީ ތެެރެއިންނެވެ. ދެމީހުންގެވެސް ޓީންއޭޖް ދުވަސްވަރެވެ. ޑައިމަންޑްވެލީއަކީ މުހައްމަދު ޝާހިދު ހަލީމްގެ ގެއެވެ. ތުއްތު ދޮންބެ (މުހައްމަދު ޝާހިދު ހަލީމްް) އޭރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ހޯރަފުށި ބޭކަނބަލެއް ކަމުގައިވާ ޒުހުރާއާއެވެ. ޒުހުރާއަކީ މަޝްހޫރު ހޯރަފުށީ އާދަމް ސަލީމްގެ ކޮއްކޮއެކެވެ. ހޯރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމް ކިޔަވާ ވިދާޅުވާން ހުންނެވީ ވެސް އެގޭގައެވެ. ސަލީމްބެ އާއިލާގެ ވަރަށްގިނަ ހޯރަފުށި ބޭފުޅުންނާ ވަރަށް ގިނައިން ދިމާވެ ރައްޓެހިކަމާ ގާތްކަން އުފެދުނެވެ. އިއްބެ އަކީވެސް އެއިގެ ތެރެއިން އެކެކެވެ. 

އިއްބެ ކިޔަވަން މާލެފައިބާ އޭރުހުރީ މ.މަޑުލުގައެވެ. ކިޔަވަންދަނީ މައުހަދަށެވެ. އަޅުގަނޑު ކިޔަވަންދަނީ އެމްއީއެސްއަށް ކަމުން ސްކޫލުވެށީގައި އިއްބެއާ ގާތްކަމެއް އުފެދިފައި ނެތަސް ކޮންމެ ދުވަހަކުހެން ދިމާވާ ރައްޓެއްސެއް ކަމުން ތަފާތު ގާތް ކަމެއް އޭރުވެސް އޮތެވެ. 

މަދަރުސީ ދައުރު ނިންމާ އަމަލީ މައިދާނަށް ނިކުތް ފަހުން އިއްބެ އުޅެނީ ކޮންތާކު ކީއްކުރަން ކަމެއް ނޭގެއެވެ. ދިމާނުވާތީއެވެ. މޯބައިލް ފަދަ ވަސީލަތްތައް އޭރު ނުހުންނާތީއެވެ.

އެތައް އަހަރަކަށް ފަހު އިއްބެއާ ދިމާވަނީ 2003ގެ ފަހުކޮޅުއެވެ. މުއިއްޒު ސުއޫދު އެންޑް ކޯ ލޯފާމުންނެވެ. އޭރު އަޅުގަނޑު މަސައްކަތް ކުރަނީ އެ ލޯފާމްގައެވެ. ދުވަސްވަރަކީ އީވާނު ނަސީމުގެ މަރަށް ފަހު ސިޔާސީ އިސްލާހީ ހަރަކާތްތައް ފެށިގެން ހިނގައިގަތް ދުވަސްވަރެވެ. އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅޭ ގިނަބަޔަކު އޭރު އެލޯފާމަށް އައިސްގޮސް އުޅެއެވެ. 

އަނެއްކޮޅުން އެ ލޯފާމުގެ ދެ ޕާޓްނަރުންކުރެ އުސްތާޒު އަހުމަދު މުއިއްޒަކީ ގާނޫނު އަސާސީ އިސްލާހުކުރަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ހއ. އަތޮޅުގެ އެއްމެންބަރެވެ. އެހެން ކަމުން މުއިއްޒު އަރިހަށް ވަރަށް ގިނައިން ހއ. އަތޮޅު ރައްޔިތުން އައިސްގޮސް އުޅެއެވެ. އެގޮތުންވެސް ހޯރަ އިއްބެއަކީ އެ ލޯފާމް ތެރޭގައި ނިކަން ގަދަ ފަހުލަވާނެކެވެ. މުއިއްޒާ ވަރަށް އަރިސް މީހެކެވެ.  

ދުވަސްވަރަކީ ނޫސްމަޖައްލާ ރަޖިސްޓްރީ ކޮށްދޭ ދުވަސްވަރެއް ނޫނެވެ. އިސްލާހީ ހަރަކާތުގައި ނޫސްވެރިކަމަކީ މުހިއްމު ކަމެއްކަމުން މަޖައްލާއެއް ނެރުމުގެ ބޭނުން ބޮޑުވެ އައްޑުވަސް މަޖައްލާގެ %80 ހިއްސާ މުއިއްޒު ބައްލަވައިގަތެވެ. އައްޑުވަސް ބައްލަވައިގަތުމަށް ފަހު ފިލާ ބިލްޑިންގ2 ގެ ހަތްވަނަ ފަންގިފިލާގައި އައްޑުވަސް އޮފީސް ގާއިމުކޮށް އައްޑުވަހުގެ މެނޭޖިންގ އެޑިޓަރަކީ ހޯރަ އިއްބެ ކަމުގައި ހަމަޖެއްސެވިއެވެ. އިއްބެއާއެކު އެސޯސިއޭޓެޑް އެޑިޓަރ ކަމުގައި މަސައްކަތް ކުރީ އަޅުގަނޑެވެ. އަލްއުސްތާޒު ހުސްނުއްސުއޫދާއި މަޝްހޫރު ނޫސްވެރިޔާ އަބްދުލް މުހުސިނާއި އަބްދުލް ހަމީދު އަބްދުލްކަރީމް ފަދަ ބޭފުޅުން ގަވައިދުން އައްޑުވަހަށް ލިޔުއްވަމުން ގެންދެވިއެވެ. 

ރަސްމީ އެޑިޓަރަކު ހުންނެވި ކަމަށްވިޔަސް މުޅި މަޖައްލާގެ ކޮންޓެންޓްގެ ފޯކަސް ހިފަހައްޓަވަމުން ގެންދެވީ ހޯރަ އިއްބެއެވެ. ވަކިވަކި އާޓިކަލްތައް ކޮންމެ މީހަކު ލިޔުނަސް މައިގަޑު ބޮޑެތި ރިޕޯޓްތައް އާއްމުކޮށް ލިޔެއުޅުނީ އިއްބެއާއި އަޅުގަނޑާ ދެމީހުން ލިޔާލިޔުމެއްގެ ގޮތުގައެވެ. 

އިއްބެއަކީ ދިވެހިބަހުގެ ލިޔުންތެރި ކަމުގެ ރޮގުން މަޒާޖީ ގޮތްގޮތަށް ފުނަށް އަސަރުކުރާހެން ވައްބަހުން އިބާރާތްކުރަން އަޅުގަނޑު ދުށް އެންމެ މޮޅު މީހާއެވެ. ގާނޫނީ ބަނދެވުމެއް ނެތި އެންމެ މޮޅަށް ލިޔުމުން ސިޔާސީ ފާޑުކިޔުން ތެރިޔާއެވެ. 

އިސްލާހީ ހަރާކާތް ފެށިގެން އައި އިރު އޮންލައިންކޮށް ނެރުނު ދިވެހި އޮބްޒާވަރ (ޑީއޯ) ގައި މަސްހޫރު ކަރުސަތުނަމާގެ ގިނަ ލިޔުންތަކަކީ އިއްބެގެ ލިޔުންކަން ފަހުން އެނގުނެވެ. އަޅުގަނޑަކީވެސް ހިސާބަކަށް ޑީއޯއަށް ލިޔުނު މީހެއްކަމުން އެކަން އެނގޭވަރުވީއެވެ. އިއްބެއަކީ މިނިވަން ނޫހަށް ވެސް ގިނަ އަދަދަކަށް ލިޔުއްވި ލިޔުންތެރިއެކެވެ. 

ދުންފިނި ހަރުގެ ރޫޅާލުމާ ގުޅިގެން މަގުތަކުގައި ޖެހުނު މުޒާހަރާތަކާ ގުޅިގެން ޖަލަށްލީ މީހުންގެ ތެރޭގައި ހޯރަ އިއްބެ ހިމެނުނެވެ. އެފަހަރު ޖަލުގައި ތަހައްމަލުކުރި ކަންކަމާއި އަލްކަޓްރަސްގެ އަނިޔާވެރިކަމާ ބިރުވެރި ކަމުގެ ވާހަކަ ކަރުދާހަށް ގެނެސް އައްޑުވަހުގައި ޝާއިއުކުރެއްވި ގޮތުން ލިޔުމުން ކަންކަން ސިފަކޮށް ދިނުމުގައިވެސް އިއްބެގެ ކުޅަދާނަކަން ތަޖުރިބާކުރެވުނެވެ. 

ދެން އޮތީ އެހެން ވާހަކައެކެވެ. އައްޑުވަހުގައި އިއްބެއާއެކު މަސައްކަތް ކުރަމުން ދަނިކޮށް އިއްބެގެ އަލަތު އަނބިމީހާ ކެންސަރަށް ފަރުވާ ކުރުމަށް ޓްރިވެންޑްރަމްގައި ހުންނަވަނިކޮށް އަޅުގަނޑުވެސް އަންހެނުނަށް ބޭސް ފަރުވާއަކަށް ދާންޖެހުނެވެ. އެ ހުތޫރަތްތެރި ވަގުތުވެސް އިސްލާހީ މަސައްކަތަކާ އިއްބެ ފެޔަކަށް ނުޖެހެއެވެ. ގަވައިދުން މިނިވަން ރޭޑިއޯގެ ޕްރޮގްރާމްތައް ތައްޔާރު ކުރައްވަމުން ދިޔައެވެ. އެކަމުގައި އިއްބެއާއި އެކު އަޅުގަނޑާއި ފަރެސްމާތޮޑާ އަސްލަމް (ފަހުން މިނިސްޓަރ އަސްލަމް) ބައިވެރިވެގެން އުޅުނީމެވެ. އަސްލަމް ވެސް އޭރު ހުންނެވީ ބައްޕާފުޅަށް ބޭސްކުރެއްވުމަށް ޓްރިވެންޑްރަމްގައެވެ. 

ހޯރަ އިއްބެގެ ސާބިތުކަމާއި ކެރުމާއި ކަމަށް ކަމޭހިތުމާއި ނަތީޖާނެރުމަށް ހިތާ ރޫހުން ހުސްވެ ހުންނަ ހުރުމާ ގުޅޭ މިކަހަލަ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ލިޔަން ވެއްޖެނަމަ ކޮޅުންނުލާނެއެވެ.

ހީރަސް ނިއުސް އުފައްދާ ދެމެހެއްޓުމުގައި އަޅުގަނޑަށް އެންމެ އެހީތެރި ބައިވެރިއަކީ ހޯރަ އިއްބެއެވެ. ހީރަސް ނިއުސް މިހިސާބަށް އައުމަށް އެހީތެރިވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދެއްވީ ހޯރަ އިއްބެއެވެ. އިއްބެގެ މޮޅު ލިޔުއްވުން ތަކުގެ ސަބަބުންވެސް ކުރު މުއްދަތެއްގެ ތެރޭގައި ހީރަސް ނިއުސްގެ މަގުބޫލުކަން ބޮޑުތަނުން ބޮޑުވެގެން ގޮސްފައިވެއެވެ. އިއްބެ ނެތުމުގެ ގެއްލުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.

ހަގީގަތުގައި އިއްބެ މަރުވީ މިދިޔަ ހުކުރު ދުވަހަކު ނޫނެވެ. އޭގެ މާކުރިންނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު އެމްޑީޕީގެ ދޫ ބަންދުކޮށްލުމުގެ ބޭނުމުގައި ފްރޭމްކޮށްގެން ސިޔާސީ ގޮތުން އެފަކީރުގެ އަބުރުކަތިލާލި ހިސާބުން ހޯރަ އިއްބެ މަރުވެއްޖެއެވެ. ދިރިހުއްޓަސް މަރުވެފައިވާ އިއްބެ ލޯބިވެތި ދެދަރިންނާއި ވަފާތެރި އަންބަކު ދޫކޮށް 12 އެޕްރީލް 2024 ވީ ހުކުރު ދުވަހު ދުނިޔެ ދޫކުރީއެވެ. އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.  

]]>
Tue, 16 Apr 2024 14:25:02 +0500 ހީރަސްނިއުސް
އޭރުގެ ރޯދަމަސް: ސައީދުގެ ގަލަމުން https://heerasnews.com/2313 https://heerasnews.com/2313 ރޯދަ ކުރުނބާގައި ވާޖަހާފައި ވަޅަށް ތިރި ކުރަނީ ފިނިކުރާށެވެ. ދެންދަނީ ސަންގުފުމޭ ތަންބަލާށެވެ. ސަންގު ފުމުމާއެކު ގެއަށް ދަނީ ދުވެފައެވެ. ރޯދަ ވީއްލަނީ ތިން ފަހަރު ފެނުން ކޯދޮވެލައިގެންނެވެ. ރޯދަ ވީއްލުމަށް "ކޯދޮވުމޭ" ކިޔަނީ އެހެންވެތާއެވެ. އެއީ އައިސް އަލަމާރިއާއި ފުރިޖުފަދަ ތަކެތި ރަށްފުށުގައި ގެންގުޅުނު ޒަމާނެއް ނޫނެވެ. ރޯދަ ވީއްލައިގެން ބޯލަން ތައްޔާރުކުރާ ރޯދަ ކުރުނބާ ވަޅަށް ތިރިކުރަނީ ޭއެހެންވެއެވެ. އެ ކުރުނބާ ކާފަ މަށަނީ ވަކި ގޮތަކަށެވެ. ކުރުނބާގެ ލޯކޮޅުގެ ބޮނބިގަނޑު ނުވަތަ ކިހައްގަނޑު މައްޗަށް އޫކޮށެވެ. ކުރުނބާގެ ފޫކޮޅު ހުންނަނީ ނާށި ފެންނަވަރަށް މަށާ އޮމާން ކޮށްފައެވެ. 

އެއީ ވޯކުޓޯކީގެ ދުވަސްވަރެވެ. ރޯދައަށް ހަނދު ފެނުމުން ހުޅުޖެހި ޒަމާން އޮތީ އަޅުގަނޑުމެންނާ ހަމައަށް އައިއިރު ފާއިތުވެފައެވެ. އޭރު އަތޮޅު އޮފީސްތަކުގައި ރޭޑިޔޯ ސެޓުތައް ބަހައްޓައިގެން މާލެއާ ވާހަކަ ދައްކައެވެ. އަތޮޅު އޮފީހުން ރަށްރަށާ ވާހަކަ ދައްކަނީ ވޯކީޓޯކީންނެވެ. އެއީ އަޑު ސާފުކުރަން ވޯކީޓޯކީ ހިފައިގެން ރޭގަނޑަށް ކަތީބުން އަތިރިމައްޗަށް ނުކުމެ އެހެލާފައިހުންނަ ވަދުދޯނިފަހަރުގެ ފައްގަނޑު މަތީގައި މެސެޖު ލިޔުން ޒަމާނެވެ. ޓޯޗުބައްތީގެ ޒަމާނެވެ. ވޯކިޓޯކީން ދައްކާ ވާހަކަ އަޑުއަހަން ވައިދަށުގައި ދުރުދުރުން ސިއްރުސިއްރުން މީހުން އުޅުނު ދުވަސްވަރެވެ. ހަނދު ފެނުނުކަން އަންގަނީ ވޯކީޓޯކީންނެވެ. އެކަމަކު އޭރުވެސް ހަނދު ފެނުމުން އުފާފާޅުކުރުމުގެ ގޮތުން ބައެއް ރަށްރަށުގައި ހުޅުޖަހައެވެ. މޫސުން ގޯސްވެ އަޑު ނުސާފުވެގެން ހަނދުފެނުނީ ކަމެއް ނުވަތަ ނޫންކަމެއް ސާފުނުވެ ޝައްކެއްގެ މަތީގައި ވެސް ބައެއް ރަށްރަށު މީހުން އުޅެންޖެހެއެވެ. ހަނދު ފެނުނުކަން ރައްޔިތުންނަށް އަންގަނީ ސަންގު ފުމެގެންނެވެ. ނޫނީ ގޮވާ މީހަކު ރަށުތެރޭގައި ގޮވައިގެންނެވެ. ބައެއް ފަހަރު އެ ކަށަވަރުކަން އެނގެނީ ވަރަށް ދަންވާ ފަހުންނެވެ. މުލުރޯދަ ދުވަހު ހާރުނުކާތީއާއި ނިޔަތް ނުކިޔިގެން ބައެއް މީހުން ރޯދައަށް ނުތިބޭ ފަހަރު ވެސް އާދެއެވެ. މިފަދަ މައްސަލަތައް ރޭޑިޔޯ އާންމުވުމުން މަދުވެގެން ދިޔައެވެ. މާލެއިން ވެސް ބައެއް ފަހަރު ހަނދާމެދު ގޮތެއް ނުނިމި ލަސް ވެސް ވަނީއެވެ.

އަޅުގަނޑުމެން ހޭލައިގެންއިރު ރޭޑިޔޯ ދިޔައީ އާންމުވަމުންނެވެ. ކޮންމެ ރަށު އޮފީހަކަށް ސަރުކާރުން ރޭޑިޔޯއެއް ފޮނުވާފައި ހުރެވެ. މަދުމަދު ގޭގޭގައި ރޭޑިޔޯ ވަރަށް ޢިއްޒަތުގައި މަތިން ފޮތި އަޅައިގެން ގެންގުޅެއެވެ. ބޯޓު ދަތުރުކުރާ މީހުން ކެސެޓު ރޭޑިޔޯ ގެންގޮސް ލަވައާއި ބަދުރު މާލޫދު ޖަހާ އުޅެއެވެ. ބަދުރުމާލޫދު އަޑުއަހަން އެގޭގޭ ދޮށުގައި މީހުން ތިބެއެވެ.

ކުއްލިއަކަށް ރޭޑިޔޯ ރަށުތެރެއަށް އާންމުވެއްޖެއެވެ. އަޅުގަނޑު ވެސް އައީ ބޮޑުވަމުންނެވެ. އެ ހިސާބުން ރޯދަމަހު އެންމެންގެ ވެސް އެންމެ ގާތްއެކުވެރިޔަކީ ރޭޑިޔޯއެވެ. އެހެން މަސްތަކަށްވުރެ ފޮނުވާ ޕްރޮގްރާމުތައް ގިނަވެފައި ތަފާތެވެ. އެހެން މަސްތަކާ ޚިލާފަށް ރޭޑިޔޯ ފެށޭގަޑިއާއި ނިންމާލާ ގަޑި ވެސް ލަސްވާނެއެވެ. ރޭޑިޔޯ އިން ރޯދަމަހު ފޮނުވާ ޚާއްޞަ ޕްރޮގްރާމުތަކުގެ ތެރެއިން އަޅުގަނޑު އެންމެ ޝައުޤުވެރިވަނީ ޝެއިޚު ފާރޫޤު ހުށައަޅުއްވާ އުލޫމުލް ޤުރުއާނާއި، ކުރުވާހަކަ މުބާރާތާއި، ކީރިތި ރަސޫލާގެ ސިޔަރަތެވެ. އަދި ކޮންމެ ދުވަހެއްގެ އަސުރު ނަމާދުގެ ފަހުން ފޮނުވާ ދީނީ ނަސޭހަތާއި، ރޯދަ ކުރުކުރުމެވެ. ރައީސް މައުމޫނުގެ އަޑުފުޅުން ފޮނުވާ ރޯދައިގެ އަލި ވަރަށް ޚާއްޞައެވެ. އެ ޕްރޮގްރާމަށްފަހު ބަންގި ގޮވާތީއެވެ. ރޭގަނޑުގެ އެންމެ ޚާއްޞަ ޕްރޮގްރާމަކީ ލޯބީގެ ދަރުބާރެވެ. އަދި އެކެއް ޖަހަންދެން ދޮހޮއްކޮބޭ ހުށަހަޅައިދޭ ލަވައިގެ ދިގު ޕްރޮގްރާމެވެ. އޭރުގެ ރޯދަ މަސްތަކުގައި އެންމެ ގިނައިން ރޭޑިޔޯއިން އިވޭ އެއް އަޑަކީ އަލްއުސްތާދު އިބްރާހިމް ރަޝީދު މޫސާގެ އަޑެވެ. ބޭރުގެ އިލުމުވެރިންގެ ދަރުސްތައް އެމަނިކުފާނު ވަގުތުން ތަރުޖަމާކޮށް ދިނުމުގައި އަވަދިނެތި އުޅުއްވާތީއެވެ. އުސްތާޛު ރަޝީދުގެ އަޑު ދޭތެރެ ދޭތެރެދޭތެރެއިން ނޫނީ އިރުއިރުކޮޅުން ރޭޑިޔޯއިން ހުންނާނީ އިވިއިވިއެވެ. ރެޑިޔޯއިން ފޮނުވަންފެށި ދީނީ ސުވާލު މުބާރާތާއެކު އެމަނިފާނުގެ އަޑު އިވޭލެއް އިތުރުވެގެން ދިޔައެވެ.

ރޯދައަކީ ރަށަށް އަންނަ ހާއުފާވެރި އީދެކެވެ. އާންމުކޮށް މިސްކިތްތަކަށް ނާރާ މީހުން ވެސް ބަރާބަރަށް މިސްކިތަށް ގޮސް އުޅެއެވެ. މާލެ ފައިބާތިބޭ މީހުން ރަށަށް ދާތީ އާބާދީ ވެސް އިތުރު ވެއެވެ. ލައިގެންކާނެ މަސް ބާނަން ރިޔާ ދޯނިތަކުގައި ވަދާދާ މީހުން ފިޔަވައި ދިރިއުޅުމުގައި ބުރަ މަސައްކަތެއް ކުރާތީއެއް ނުފެނެއެވެ. އަޅުގަނޑުގެ އުފަން ރަށުގައި (ނ. މަނަދޫގައި) ދުވާލުގެ ގިނަ ވަގުތުތައް ފިރިހެންވެރިން ހޭދަކުރަނީ އަތިރިމަތީގައި ހުންނަ ހޮޅުއަށިތަކުގައެވެ. ޚާއްޞަކޮށް "ރުންމަގު" ގައެވެ. އެއީ އެ ހޮޅުއަށީގެ ނަމެވެ. އަންހެންވެރިން އުޅޭނީ ބަދިގޭގައެވެ. ސްކޫލުތަކާއި އެދުރުގެތައް ވެސް ހުންނަނީ ބަންދުކޮށްފައެވެ.

އެ ޒަމާނުގައި ދީނީ ހޭލުންތެރިކަން ކުޑަކަމުން ވަރަށް ގިނަ ކަންކަން މިހާރާ ތަފާތެވެ. އެއް ކަމަކީ ރޯދައަށް ނިޔަތް ކިޔުމާއި ހާރު ކެއުމެވެ. ހާރުކާން ނުހޭލެވުނަސް އެ މީހަކު ރޯދައެއް ނުވާނެއެވެ. ބައެއް މީހުން ހާރުކެޔަސް ނިޔަތް ނުކިޔާ އޮވެވުނީތީ ރޯދައެއް ނުވާނެއެވެ. މީހަކު އިހުތިލާމު ވިޔަސް ބަލަނީ ރޯދަ ގެއްލުނީ ކަމަށެވެ. ހިނައިގަންނަޖެހޭ ކަމެއް ކުރިމަތިވެ ހިނައިނުގަނެ އޮއްވާ ފަޖުރުލިޔަސް ރޯދައަކަށް ނުހުރެއެވެ. ދަތް އުނގުޅާނީ ހާރުކައިގެން ފަޖުރުލުމުގެ ކުރިންނެވެ. އޭގެ ފަހުން ދަތް އުނގުޅައެއް ނޫޅެއެވެ. ރޯދައަށް ހުރެ ކުޅެއް ނުދިރުވާނެއެވެ. ރޯދައަށް އުނިކަމެއް ލިބިދާނެތީ އިރު އޮއްސެންދެން އޮންނާނީ ކުޅުޖެހުމެވެ. ބައެއް ދުވަސް ދުވަހު އަޅުގަނޑު ރޯދައަށް ބެހެއްޓި އުމުރުގައި އެހެން ކުދިންނަށް ރޯދަކަން އަންގަން ވެސް ކުޅުޖަހާ އުޅެމެވެ. އެގޮތަށް އުޅުޖަހާޖަހާ އަސުރުން ތިރިވާއިރު މީހުން ތިބެނީ ވަރު ދެރަވެފައެވެ. ދުވަސް ދިގު ވާހަކައާއި ހޫނު ގަދަ ވާހަކަ ދައްކާނެއެވެ. ރޯދައިގެ ބަރަކާތަށްޓަކައި ވަރުބަލިވާ ވާހަކައެއް ނުދައްކާނެއެވެ.

ރޯދައަށް ތިބެ މޫދު އެރުމަކީ ވެސް ދުވަސްވީ މީހުން ދެކޭ ގޮތުގައި ރޯދަ ގެއްލޭނެ ކަމެކެވެ. މެންދުރުފަހަށް އެޅީމާ ފެންވެރުމެއް ވެސް ނޯވެއެވެ. ވުޟޫކުރާއިރު ވެސް އަނގަޔަށް ފެންލާނީ ވަރަށް ވިސްނައިގެން ވަރަށް ކުޑަކޮށެވެ.

ރޭޑިޔޯއިން ސިޔަރަތު އަންނަ ގަޑިއަށް ހޮޅުއަށިތަކަށް މީހުން ޖަމާވެ ސިޔަރަތު އަހަން ތިބެއެވެ. ސިޔަރަތު ނިމުމަށް ފަހު އަސުރު ވަގުތު ވެދާނެއެވެ. އަސުރު ނަމާދުން ފައިބައިގެން އައިސް ބައެއް ހޮޅުއަށިތަކުގައި ވާހަކަ ކިޔުން އޮވެއެވެ. ތަރުޖަމާ ކޮށްފައި ހުންނަ ބޮޑެތި ދިގު ވާހަކަތަކެވެ.

އެއް ދުވަހަކު އިރުމަތީ އަވަށަށް ދެވުނު ދުވަހެކެވެ. ހޮޅުއަށީގައި އިނދެފައި ހާރޫނުބޭ އަޅުގަނޑަށް ގޮވާލައްވައިފިއެވެ. އެއީ އޭރު މަނަދޫ ކަތީބެވެ. އަޅުގަނޑުގެ ބޮޑު ބޭބެއެކެވެ. އަޅުގަނޑު ދިއުމުން ނިކަން ބޯފޮތެއް ދެއްވާފައި ވިދާޅުވިއެވެ. މިހިސާބުން ފެށިގެން މި ވާހަކަ ކިޔައިދީބަލާށެވެ. އެ ދުވަހަކީ އާންމުކޮށް ވާހަކަ ކިޔާ މީހާއަށް ނާދެވުނު ދުވަހަކީއެވެ. ތާނަ ފަރިތަޔަސް އަރަބިން ފިލި ނުޖަހާ ލިޔެފައި ހުންނަ ނަންނަން ގިނަކަމުންނާއި އެ ނަންނަން އާވެފައި ދިގުކަމުން ވަރަށް އުނދަގުލެވެ. ފުރަތަމަކޮޅު ނުބައިކޮށް ކިޔޭ ނަންނަން ހާރޫނުބޭ ރަނގަޅު ކޮށްދެއްވައެވެ. ފަހުން ފަރިތަވެއްޖެއެވެ. އެ ދުވަހު ދޫކޮށްލީ އަނެއް ދުވަހު ވެސް ވާހަކަ ކިޔައިދޭން ދާގޮތަށެވެ. އެކަމަކު އަސްލުގައި އެ ވަގުތަކީ އަޅުގަނޑު ވަރަށް ބިޒީ ވަގުތެކެވެ. ދާހިތްވިޔަސް ދެވޭކަން ނޯވެއެވެ.

މިސްކިތް ދޮށަށް ރޯދަ ވީއްލަންދާ މީހުން އެހާ ގިނައެއް ނޫނެވެ. މިސްކިތް ދޮށުގައި ރޯދަ ވީއްލަނީ ކަދުރާއި ޖޫހުންނެވެ. ރޯދަމަހު ރޯދަ ވީއްލާގަޑިއަށް އަޅުގަނޑަށް ކަމުދަނީ ރޮށްޓާއި ރިހައެވެ. އެ ކަމަކު މަންމަ މޮޑެލާ ގަބުޅި ސަޓަނި ހުރެއްޖެއްޔާ އެވަރެއް ނޯވެއެވެ. ހެދިކާގެ ބާވަތްތަކާއި ދެވައްތަރުގެ ބޯކިބަލާ ސާގުފަނިފަދަ ތަކެތި ޚާއްޞަވަނީ ތަރާސްވީސް ދަމަށެވެ. ހުނިކަހުރަކީ ރޯދަމަހުގެ ހެދިކާއެކެވެ. ހާރު ދަމަށް ފިހުނު މަހާއި ގަރުދިޔައާއި ބަތެވެ. ރޯދަމަހުގައި ހުރިހާ ސުފުރާއެއްގައި ވެސް ބަތްޕެން ހުރެއެވެ. ޚާއްޞަކޮށް ހާރުގެ ސުފުރާގައެވެ.

ރޯދަމަކީ އެ ޒަމާނުގައި ޒުވާނުންނަށް ލޯބީގެ މޫސުމެކެވެ. ހާރުކައިގެން ނޫނީ ޒުވާން ޖޯޑުތައް ނުނިދާނެއެވެ. ގޭގޭ ދޮށަށް ލާފައި ހުންނަ ވެލިގަނޑުތައް ފަޅުފިލުވަނީ އެވެރިންނެވެ. ދޮން ކަށިވެލިގަނޑުގައި ތާސް ބަންޑުން ޖަހައިގެން ތާސްކުޅެއެވެ. މޮޅަށް ގަނޑު ޖަހާލާ އަޑު މާދުރަށް އިވޭނެއެވެ. އަނެއް ބަޔަކު ކުޅޭނީ އޮއްވަޅެވެ. ސަމާސާއާއި މަޖާ ކުރާނެއެވެ. ބައެއް ރޭރޭ ސަމާސާ ވިހަވާނެއެވެ. ލޯބީގެ ކާމިޔާބާއި ނާކާމިޔާބުގެ އަސަރާއި ހަސަދައިގެ ކަންކަން ފެންމަތިވާނެއެވެ. އަނދިރިގަނޑުތަކަށް ވަދެ ފިލާތިބޭ ޖޯޑުތައް ގަޔަށް ފެނާއި ފިއްލެޔޮ ވެސް ޖަހާފާނެއެވެ. އިރުއަރާއިރު ވެލިގަނޑު ހިފަހައްޓަން ޖައްސާފައިހުން ކަށިކެޔޮ މޫތައް ބުރިކޮށް ކޮށާފައި ވެސް ހުރެދާނެއެނެވެ. ބައެއް ސިޓީއާއި ނޯޓާއި ލަވައާއި މަލާމާތުގެ ޅެންތައް ލިޔެ މަގުތަކަށް ނޫނީ ބައެއް ގޯތިތަކަށް ވެސް އަޅާފައި ހުރެދާނެއެވެ. އެކަންކުރާ މީހަކު ބަޔަކު ނޭނގޭނެއެވެ. މި އަޑުތައް އަޅުގަނޑުމެންނަށް އިވުނަސް އެއީ އަޅުގަނޑުމެންގެ ދުވަހެއް ނޫނެވެ.

ރޯދަމަހަކީ ރުޅިގަދަ މީހުންގެ އަޑު ވެސް ގަދަވާ މަހެކެވެ. ހޮޅުއަށިތަކުގައި ޒުވާބާއި ބަހުސްތައް ހޫނުވެ ހުތުރު އެއްޗެތިކިޔާ ގަޔަށް އަތްލާ ވަރަށް ބައެއް ދުވަސް ދުވަހު ފޯރި ގަދަވެއެވެ. އަސުރުން ތިރިވެލީމާ ރުންމަގު ހޮޅުއަށީގެ އަޑު އެތައް ހިސާބަކަށް ހުންނާނެއެވެ. ގަދަޔަށް ދުފާ ބިޑި ސިނގިރެޓު ބޯ މީހުން ރޯދަމަހު ދުވާލު އަލާ ކަނޑުވަނީ އެހެން ތޯއްޗެކެވެ.

މި ވާހަކަތައް ލިޔަމުން ދިޔައިރު އަޅުގަނޑު ހިތަށް އެރިއެވެ. އޭރޭ ކިޔައިގެން މި ވާހަކަތައް ލިޔަން މީ ކާކުހެއްޔެވެ. އަޅުގަނޑު މި ލިޔުނީ އަޅުގަނޑު ދުށްތަނާއި އިވުނު އަޑުތަކެވެ. އަޅުގަނޑަށްވުރެ އުމުރުން ދުވަސްވީ ބޭފުޅުންގެ ތަޖުރިބާ އަދި މާބޮޑަށް ތަފާތުވާނެއެވެ. އެ ވާހަކަތައް މާ ޝައުޤުވެރިވާނެއެވެ.

އެޑިޓަރގެ ނޯޓް: މިލިޔުއްވުމަކީ ނ. މަނަދޫ އަބްދުއްލާ ސައީދުގެ ލިޔުއްވުމެކެވެ. ލިޔުމަށް އަބްދުއްލާ ސައީދު ދެއްވާފައިވާ ސުރުހީއަކީ "އޭރުގެ ރޯދަމަސް"އެވެ ލިޔުންތެރިޔާ މިލިޔުން ޝާއިއު ކުރައްވާފައި ވަނީ އެލިޔުންތެރިޔާގެ އަމިއްލަފުޅުބްލޮގްގައި 2020ވަނަ އަހަރުއެވެ. ރޯދައާއި ގުޅޭ ޝައުގުވެރި ލިޔުމަކަށް ވާތީ ނަކަލު ކޮށްލީއެވެ. 

]]>
Sun, 10 Mar 2024 18:39:56 +0500 ހީރަސްނިއުސް
އިބޫ ނޫން ގޮތެއް ނެތް! https://heerasnews.com/2283 https://heerasnews.com/2283 ޔާމީނު ދައުލަތް ދަވާލާ ދަރަނީގެ ދަންތުރައަށް މަހާލާފައި އޮއްވާ އިބޫ ހަވާލުވެ ދައުލަތް ހިންގީ އޭރު އެއޮތް ހާލަތަކީ އޮތް ހާލަތެއްކަން އެނގި ހުރެއެވެ. ޔާމީނު ނޫން އެހެން ސިޔާސީ އެންމެން ގޮވައިގެން ވެރިކަން ކޮށްދޭން ރައްޔިތުން ރުހުނީ އިބޫފައިސަލްއެވެ. ވެރިކަމަށް ފެން ބޮވާފައި ތިބި އެތައް ބަޔަކު ހިމެނޭ ބޮޑު ކޯލިޝަންނެއް އިބޫ އާއި ހަވާލުކުރީ ދިވެހި ރައްޔިތުންނެވެ. އެއްބުރުން ސާފު އަގުލަބިއްޔަތުންނެވެ. ގާސިމާއި މައުމޫނާއި އަދާލަތާއި އެމްޑީޕީއަށް ވެރިކަން ބަހާލުން ޝަރުތުކޮށްފައެވެ. 

އެންމެ އިސް މަގާމުތަކުން ފެށިގެން ސިޔާސީ އާދައިގެ މަގާމުތަކަށް މީހުން އިސްކުރީ ހަތަރު ޕާޓީންނެވެ. ހަނގުރާމައިގެ ގަނީމާ މުދާ ބަހާ އުސޫލުން ޖެހުނީ ސަރުކާރުވެސް ހަތަރު ޕާޓީއަށް ބަހާލާށެވެ. އެ ޕާޓީތައް ހިމެނައިގެން އިބޫގެ ކޯލިޝަން ސަރުކާރު ފަށައިގަތީ ޔަގީންކަމާއި އިތުބާރާ އެކުގައެވެ. 

އެހެނަސް ކަންދިމާކުރި ގޮތުން ވެރިކަމަށް އަހަރު ނުވަނީސް ކޮވިޑް19ގެ އާލަމީ ވަބާ ކުރިމަތިވެ ދުނިޔެ ހުއްޓުނެވެ. ފަތުރުވެރިން އައުން ހުއްޓި މަސް ބޭރު ނުކުރެވި އެކީ އެކައްޗަކަށް ދައުލަތުގެ އާމްދަނީ ހުއްޓި ދެއަހަރު ދުވަސް ވޭތުވިއެވެ. އެހެނަސް ކެތްތެރިކަމާއެކު ނުލިބޭ އާމްދަނީގައި އިބޫ ދައުލަތް ހިންގަމުން ދިޔައީ ރައްޔިތުންނަށް އެއްވެސް ބުރައެއް އިހުސާސް ވިޔަނުދީ ރޭވުން ތެރިކަމާއެކުގައެވެ. ސަރުކާރުގެ އެތެރޭގައި ތިބި ވާދަވެރިންގެ ހީލަތްތެރި ރޭވުންތަކުގެ ލޮޅުންތަކާ ވެސް އެކުގައެވެ.

ކޮވިޑްގައި ގިނަ ބަޔެއްގެ ފުރާނަ ދިޔަނުދީ ސަލާމަތް ކުރުމަށް ދައުލަތުގެ ހުރިހާ ހަކަތައެއް ހުސްކޮށްލަން މަޖުބޫރުވިއެވެ. ސިއްހީ ހިދުމަތުގައި އުޅުނުހާ މީހުން ރައްކާތެރި ކަމުގެ ގޮތުން އެކަހެރި ކޮށްގެން އެމީހުނަށް ކެއުމާއި ބުއިމާއި ނިދުން ހަމަޖައްސާ ދިނެވެ. ކޮވިޑް ފެސިލިޓީތައްކާއި އައިސޮލޭޝަން ފެސިލިޓީތައް މުޅި ރާއްޖޭގައި ހިންގިއެވެ. ދައުލަތުން ބޮޑު ހޭދަކޮށްގެންނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްހެން އޮތީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރި ނުވޭވަރަށް ހާލަތު ދަށްވެފައެވެ.    

އާމްދަނީ ލިބޭނެ ގޮތް ނެތަސް ސަރުކާރުގެ މުއައްޒަފުން ގޭގައި ބައިތިއްބައިގެން ކޮވިޑް ތެރޭގައިވެސް ހަމަ މުސާރަ ދިނެވެ. ކާބޯ ތަކެއްޗަށް ޖެހުނަނުދީ ބާޒާރު މެނޭޖްކުރިއެވެ. ކަރަންޓް ނުކަނޑާ ރައްޔިތުންނަށް ކަރަންޓް ދިނެވެ. މާލެއާއި ފެނުގެ ހިދުމަތް ދޭ ރަށްރަށުން ފެނެއް ނުކަނޑައެވެ. ތެލަކަށް ކާޑަކަށް ޖެހުނަކަ ނުދެއެވެ. ނުވިތާކަށް ފަށައިގެން ކުރިއަށްދާ ތަރއްގީގެ އެއްވެސް މަސައްކަތެއް ނުހުއްޓެއެވެ. އާލަމީ ވަބާއެއްގެ އިހުސާސް ދިވެހިންނަކަށް ކުޑަކޮށްވެސް ނުކުރެއެވެ.

ކޮވިޑް ކިތަންމެ ރަނގަޅަށް މެނޭޖު ކުރެވުނު ނަމަވެސް އިގްތިސޯދީ ލޮޅުން ކުޑައެއް ނުވެއެވެ. ޔުކްރެއިން ހަނގުރާމައިގައި ދުނިޔެ ތަހައްމަލުކުރާ ހުރިހާ ވޭނެއް ރާއްޖޭން ތަހައްމަލު ކުރަން ޖެހެއެވެ. މުޅި ދައުރު ނިމިދިޔައީ ވެސް ޔޫކްރެއިން ހަނގުރާމައިގެ ހިތިކަން ލިބެމުންނެވެ.  

ކިތަންމެ އުދަނގުލަސް ނުލިބޭ ލާރީގައި ރައްޔިތުންގެ ޑިމާންޑްތައް ހައްލުކޮށްދޭން އިބޫ ސަރުކާރަށް މަޖުބޫރެވެ. ކޮވިޑުން އަރައިގަނެ ކަންކަން ކުރަން އިބޫއަށް ފުރުސަތު ލިބުނީ ދައުރުގެ ފަހުކޮޅުގައެވެ. ޔާމީނު ވެރިކަމުގައި ހިންގި ޖަރީމާތަކާހުރެ އެކިއެކި ފަރާތްތަކަށް އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުން ލިބި ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވަތައް އުފުލުނެވެ. ގެއްލުމުގެ ބަދަލު ދޭން ދައުލަތަށް މަޖުބޫރު ކުރުވިއެވެ.

ގިނަރަށް ރަށަށް އަރާފޭބޭނެ ގޮތެއް ނެތެވެ. ރަށްރަށުން ކަރަންޓް ކެނޑެނީ ބޮޑުގެރި ބޭރަށް ހިންގާހެނެވެ. ފެނާއި ނަރުދަމާގެ ހާލަތުވަކީން ގޯހެވެ. ދަތުރުފަތުރުގެ ދަތިކަން އިންތިހާއެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކުރު މުއްދަތެއްގެ ތެރޭގައި އެތައް ސަތޭކަ ޕްރޮޖެކްޓެއް ހިންގިއެވެ. ގިނަކަންކަން ދައުރުގެ ތެރޭގައި ނިންމުނެވެ. ނިމުމާ ގާތުގައި ހުރި އެތައް ކަމަކާއި އަލަށް ފަށައިގެން އެތައް ކަމެއް އިބޫގެ ދައުރު ނިމުނު އިރު އޮތެވެ. އައުސަރުކާރުން ރިބަން ކަނޑަން އެތައް ކަމެއް ހުއްޓެވެ. ދަރަނިވެރިގެން ގޮތް ހުސްވެގެން ހަދާނެ ގޮތެއް ނޭނގިގެން އިބޫ ނޫޅެއެވެ. ރައްޔިތުންނަށް ތަކުލީފަކަށް ސަރުކާރު ނުހަދައެވެ.

ހަގީގަތަކީ ސަރުކާރު ތެރޭގައި ތިބި ވާދަވެރިންގެ ވާދަވެރިކަން ބޮޑުވެ އިދިކޮޅަށްވުރެ އިދިކޮޅުވުމެވެ. އިބޫ ނޫންގޮތެއް ހޯދަން ތެޅެފޮޅެން ފެށުމެވެ. ކަމުގައި އިސްވެ ތިބީ އެމްޑީޕީގެ ރައީސް ނަޝީދާއި ގާސިމް އިބުރާހީމެވެ. އިބޫގެ ވެރިކަން ހަރާބު ކުރުމަށް ކުރިކަމެއް ކުރީ ނަޝީދާއި ގާސިމެވެ. ބޭނުންވީ އިބޫ ނޫން ގޮތެކެވެ.

އިބޫ ނޫން ގޮތަކީ ކޮންމެ ގޮތެއް ކަމަށް ވިޔަސް ވަރިހަމަތާއެވެ. އިބޫ ނޫން ގޮތެއް ހޯއްދިއްޖެއެވެ. ހޯދި އިބޫ ނޫން ގޮތުން ދިވެހިންނަށް ވީމޮޅެއް އެބަ އޮތް ހެއްޔެވެ. ކަންކަން ބޮއްސުންލުމާއި ތެޔޮގުޅާ ސާދާ ކުރުން ނޫން ކަމެއް ނުވެއެވެ.

]]>
Sun, 25 Feb 2024 15:45:52 +0500 ހީރަސްނިއުސް
ޣައިރުގާނޫނީ ބަންޑާރަނައިބު އުޝާމް ހިންގާ ސްކޭމެއް! https://heerasnews.com/2231 https://heerasnews.com/2231 މަޖިލީހުގެ ރުހުން ނެތް ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް އިސްކޮށް ބަހައްޓައިގެން ދައުލަތުގެ ނަމުގައި ގާނޫނީ ސައްހަކަން ނެތް އެއްބަސްވުންތައް ހަދާ ދައުލަތް ފުޅިއްސާލަން މުއިއްޒު ކުރާ ކަންކަމުގެ ތެރޭގައި ވިއްކާލި ކަމަށް ބުނާ ކަނޑު ހޯދުމުގެ ނަމުގައި ބޮޑުވެގެންވާ ސްކޭމެއް ހިންގަން ވަނީ ފަށަފައެވެ. ކުރީގެ ފަނޑިޔާރު އަނިލް އިސްކޮށް ބަހައްޓައިގެން ކޮމެޓީއެއް ހަދައިގެންނެވެ. މުއިއްޒަށް ކުޅިގަނޑު ކުޅެދިނުމުގެ ފަހަތުގައި ފޮރުވިގެން ތިބީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުއްލާ ދީދީއާއި އާޒިމާ ޝުކޫރެވެ. 

މުއިއްޒު ވެރިކަމަށް އަންނަން އުޅުނު އިރު ދެއްކި ބޮޑު އެއް ވާހަކައަކީ ކަނޑު ވިއްކާލި ވާހަކައެވެ. ވިއްކާލި ކަނޑު ހޯދަން ޕެޓިޝަން ހަދާ، ހެދި ޕެޓިޝަނަށް ހެޔޮވަރުގެ އަދަދަކަށް ސޮއި ނުލިބިގެން ޕެޓިޝަން އޮޅާލާ ޖެހިތާކަށް ޖަހާ އެ އެއްޗެއްގެ ކުލަވެސް ފަހަކުން ނުފެނެއެވެ. ދެން ކިޔަންފެށީ ކަނޑުވިއްކާލި ސިޓީއެއްގެ ވާހަކައެވެ. މޮރިޝަސްއަށް ފޮނުވި ސިޓީއަކުން ކަނޑު ވިއްކާލާފައި ވާކަމަށެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެގައުމުގެ އެންމެ އިސްވެރިންގެ މެދުގައި ބަދަލު ކުރެވިފައިވާ އެ ސިޓީއެއް ހާމަ ނުކޮށްގެން ހީވީ ބައެއްގެ ފަޔަށް ހިނި އަރައިގެން ތެޅި ފޮޅުނުހެނެވެ. ސިޓީއަކުން ކަނޑު ވިއްކާލިކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ވެގެން އުޅުނު އިރު ހީވީ އެހެން ކަމެއް ވެގެން އުޅުނު ހެންނެވެ. ވެރިކަމަށް އަރާގޮތަށް އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރާނެކަމަށް ބުނެ ވައުދުވިއެވެ. 

ވެރިކަމަށް އެރިގޮތަށް އަރާ އެއްކަލަ ސިޓީ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އެބުނާ ސިޓީއެއްގައި ކަނޑު ވިއްކުމާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެކަމާ ގަތްލަދުން ހާމަކުރަން ބުނި އެއްކަލަ ސިޓީ ހާމަނުކުރާން މުއިއްޒު ގަދަފައި ވިއްދިއެވެ. ޕްރެޝަރ ބޮޑުވެ އެހެން ގޮތެއް ނެތިގެން އެއްކަލަ ސިޓީ ޖެހުނީ ހާމަކުރާށެވެ. އެ ސިޓީގެ ހަގީގަތް ހާމަވެ ބުޅާ ގޯނިން ބޭރުވެ މުއިއްޒުގެ ކައްޒާބުކަން ރައްޔިތުންނަށް އިތުރަށް ހާމަވިއެވެ.

ކަނޑުގެ ގާނޫނާއި ބައިނަލްއަގުވާމީ ވައްޓަފާޅި ނުދަންނަ ބައެއްގެ މައްޗަށް އެކުލެވޭ ކުރިން ބުނި ކޮމެޓީން ކުރަން ޖެއްސި މަސައްކަތަކީ އިޓްލޮސްއިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ އިމުގެ ފުށުއެރުން ހައްލުކުރުމުގައި ގޯހެއް ހަދާފާ އޮތްތޯ ބެލުމެވެ. ވިއްކާލިކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ވެގެން ކަނޑު ހޯދަދޭން ވެރިކަމަށް އައި ބަޔަކު އިތުރަށް ހޯދަން އޮންނާނީ ހަދާފައި އޮތް ކޮން ގޯހެއް ހެއްޔެވެ. ގޯހެއް ހަދާފައި އޮތްތޯ ބަލަން ޖެހޭނީ ހެދި ގޯހެއް ފެންނަން ނެތީމައެވެ. ހަގީގަތުގައި ކަމަކީ ގައިރު ގާނޫނީ ބަންޑާރަ ނައިބު ލައްވާ މުއިއްޒު ހިންގުވާ ބޮޑު ސްކޭމެކެވެ.  

ކަނޑު ވިއްކާލި ކަމަށް ދެއްކި ބުހުތާން ދޮގު ހަލާލު ކުރުމަށާއި ދައުލަތް ދަވާލަން އަތްގުޅި ނުކާވަރުގެ ބޮޑު އަގެއްގައި ބޭރު ބަޔަކު ލައްވާ ކަނޑު ހޯދުމުގެ ނަމުގައި ކުރާކަމަކީ މިލިޔަން މިލިޔަނުން ދައުލަތުގެ ފައިސާ ބައި އަޅައިގެން ކައި ހުސްކުރުމެވެ. އިޓްލޮސްގެ އެއްވެސް ނިންމުމެއް އިސްތުނާފް ނުކުރެވޭނެ ކަން އެނގިތިބެ ދައުލަތުން ފައިސާ އިސްރާފު ކުރަނީ އެހެންވެއެވެ. އިސްތިއުނާފް ކުރެވެން ނެތް ކަމެއްގައި މައްސަލަ ރިވިއުކުރުމުގެ ނަމުގައި ބޭރު ބަޔަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން ޖަހަން އުޅޭ މަރުސަކަރާތުގެ ކޮޅެއް މެދެއް ނޭނގެއެވެ. ކާމިޔާބުވުމުގެ ކުޑަވެސް ފުރުސަތެއް އޮތް ކަމަށް ނުބެލެވޭ ކަމަކަށް އެތައް މިލިޔަން ޑޮލަރެއް ހަރަދު ކުރުމަކީ ދައުލަތް ދަވާލުމުގެ އުކުޅެކެވެ. 

އެހެން ނޫނަސް ރައްޔިތުންގެ މަޖިލީހުގެ ރުހުންނެއް އުޝާމު ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކީ ގާނޫނީ ސައްހަކަން އޮތް ކަންކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެއް އުޝާމު ބަންޑާރަ ނައިބުގެ ނަމުގައި ކުރާ އެއްވެސް ކަމަކަށް ދައުލަތުން ޒިންމާ ވުމަކީ ހިންގާ ގާނޫނީ ހައިސިއްޔަތު ނެތް ބޮޑުވެގެންވާ ސްކޭމެކެވެ.

]]>
Fri, 02 Feb 2024 12:19:52 +0500 ހީރަސްނިއުސް
ގައުމަށް ވާއެއްޗެއް ވާނީ ގާސިމުގެ ނުބައިކަމާ އަމިއްލަ އެދުން ބޮޑުކަމުން https://heerasnews.com/2224 https://heerasnews.com/2224 ރާއްޖެ އަނދަވަޅަކަށް ވެއްޓި ރައްޔިތުން ގެއްލުމާއި ހަލާކުގެ ތެރެޔަށް ހުށަހެޅިގެން ދަނީ ބުރުމާ ގާސިމުގެ ނުބައިކަމާ އަމިއްލަ އެދުން ބޮޑުކަމުންނެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ސަބަބަކުން ނޫނެވެ. ބުރުމާ ގާސިމު އަނގަ ފުރާފައި އެއްޗެއް ބުނާއިރަށް އެއީ ތެދަކަށް ނުވާނެއެވެ. ކަންކަން ހިނގަނީ ކިހިނެއްކަން އެންމެނަށް ވެސް އެނގެއެވެ. 

ދައުރުން ބޭރުން މިއަދު މަޖިލިސްގެ ޖަލްސާއެއް ބޭއްވީ ވަޒީރުންނަށް ރުހުން ނުދިނުމުގެ މައްސަލައަށް ގޮތެއް ނިންމުމަށެވެ. ރުހުންދޭނެ ވަޒީރުނާއި ނުދޭނެ ވަޒީރުން އެނގޭނީ މަޖިލިސް މެންބަރުންނަށެވެ. ގިނަ މެންބަރުންނަށް ރުހުން ދޭން ފެންނަ ވަޒީރަކަށް ރުހުން ލިބޭނެއެވެ. މެޖޯރިޓީ ރުހުންނެތް ވަޒީރަކަށް ރުހުމެއް ނުލިބޭނެއެވެ. މަޖިލީހުގައި އެހެން ކަންކަންވެސް ނިންމަނީ އެގޮތަށެވެ. އެއީ ޑިމޮކްރަސީގެ މައިގަޑު ހަމައެވެ. 

މަޖިލީހަކީ ސަރުކާރުން ހުށަހަޅާހާ ކަމެއް ނުވަތަ ހުށަހަޅާ ނަމެއް އެގޮތަށް ފާސްކޮށްދޭން އޮންނަ ސަރުކާރުގެ ރަބަރުތައްގަޑެއް ނޫނެވެ. ސަރުކާރުން ފޮނުވާހާ ވަޒީރަކަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ގާސިމަށް މިއަދުވީ އަންނަ މަޖިލީސް އިންތިހާބުގައި މާމިގިލީ ދާއިރާގެ ގޮނޑިއަށް ޕީއެންސީން މީހަކު ނުނެރޭން ނިންމާ ގާސިމަށް ޓިކެޓް ވެދުން ކުރީމާކަން އޮޅެގެން އުޅޭ މީހަކު ނޫޅެއެވެ.

ރައީސްގެ ކެބިނެޓަށް ރުހުން ނުދިނުމަކީ ދިވެހި ގައުމަށް އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫންކަމަށް ބުނާއިރު ދިވެހި ގައުމަށް ރަނގަޅުގޮތް ގާސިމަށް ނޭނގޭނެކަން މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ ބުނެދީފައެވެ. ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާއެއް އަބަދުވެސް ދެނީ ގާސިމުކަމަށް ރައްޔިތުން އޮތީ ބުނެފައެވެ. ރައްޔިތުންނޭ ކިޔައިގެން ގާސިމު މިހާރު އަނގަ ހުޅުވާނީ ވަރަށް ލަދެއް ހަޔާތެއް ނެތީމައެވެ.  ކުރިން އަމަލުކުރި ގޮތާއި ހިލާފަށް މަޖިލީހުން ކަމެއް ކުރުމާ ނުކުރުން ކަނޑައަޅަނީ މަޖިލީހުގެ މެޖޯރިޓީންނެވެ. ގާސިމެއް ނޫނެވެ. މެންބަރަކަށް ވީތީ ގާސިމަށް ފެންނަ ގޮތަކަށް ގާސިމު އަމަލު ކުރުމަކަށް ހުރަހެއް ނެތެވެ. 

މިއަދު ގައުމު އޮތް ހާލަތަށް ރިޔާއަތްކުރާ ވާހަކަ ގާސިމު ނުދައްކާށެވެ. ރައީސް ސޯލިހު ވެރިކަމުގެ ގޮއްރާޅަކީވެސް ގާސިމެވެ. ކޮވިޑްގެ ހިތްދަތި ހާލަތުގައި ގެންގުޅުނު މުއައްޒަފުންތައް ކަނޑާފާ ފޮނުވާލީ ގެއަށެވެ. ތިބި މަދު މުއައްޒަފުންނަށް ދިނީ އެންމެ ރުފިޔާ ހާހެކެވެ. ހަތަރެސް ފަޔަށް އަންގިލައްވައިގެން ބޮނދާ އޮތީ ސަންއައިލެންޑްގައެވެ. މަޖިލީހުގެ އެންމެ ޖަލްސާއަކަށް ހާޒިރެއް ނުވެއެވެ.

ކޮވިޑް ފެސިލިޓީ ހަދައިގެން ބަންދުކުރި ރިސޯތުތައް ދައްކައިގެން ކޮވިޑް ތެރޭގައި ދައުލަތުން ދެމީ ފައިސާއެވެ. ކޮވިޑް ރެކަވަރީ ގޮތުގައި ގައުމަށް ލިބުނުހާ ފައިސާގެ ބޮޑުބައި މަކަރާ ހީލަތުން ދިރުވާލީ ފެން ފޮދަކާވެސް ނުލައެވެ. ކޮންމެ ސަރުކާރެއް އަންނައިރަށް ހީލަތް ތެރި ގޮތްގޮތަށް އެގްރީމަންޓްތައް ހަދައިގެން އެއަރޕޯޓްތަކާއި ފަޅުތަކާ ރަށްތައް ނަގައިގެން އެއްވެސް ކަމެއް ނުކޮށް ބާއްވާ ސަރުކާރު ބަދަލުވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތް ދަވާލުމަކީ ބުރުމާގެ ތޮބީއަތެވެ. 

ރާއްޖޭގެ ޕޮލިޓިކަލް މަސްރަހު ބަދަލުވެގެން ދާތަނާއި ދާގޮތް މިކަލޭގެ އަކަށް ނުފެނެއެވެ. ރާއްޖެއަށް އެއްވެސް މީހަކު އެހީތެރި ނުވާނީ ކާކު ކިހިނެތް ކަންތައް ކުރާތީކަންވެސް ނުފެންނަ ވަރަށް ކަނުވީމާ މީހުންގެ ތެރެއަށް ނިކުމެ އުޅޭކަށް ރަނގަޅެއް ނުވާނެއެވެ. ގައުމު ނިކަމެތިވެ އަނދަވަޅަކަށް ވެއްޓިގެންދާނީ ގާސިމުގެ ސަބަބުންނެވެ. އެހެން ބައެއްގެ ސަބަބަކުން ނޫނެވެ. މިވަރުގެ ގޮތްފޮތް ނެތް މީހަކު ރައްޔިތުންގެ ހެވާ ލާބައޭ ކިޔައިގެން އެބަ އަނގަ ދިޔާކުރެއެވެ. ޖީޓީ ދިޔަ މަގުން ނުގޮސް ސަލާމަތް ވިއްޔާ ރަނގަޅެވެ.

]]>
Sun, 28 Jan 2024 16:54:55 +0500 ހީރަސްނިއުސް
މޭޔަރ މުއިއްޒާއި ރައީސް މުއިއްޒުގެ ބާރުބެހުން https://heerasnews.com/2210 https://heerasnews.com/2210 ލަދު ހަޔާތުގެ ކަންފުޅެއްވެސް މުއިއްޒު ގައިގާ ހަމަ ނެތީއެވެ. ވެރިކަން ޖަހައިގަތީ ދަރިމައި ކުކުޅެއްގެ ކައިރިން މިނިކާ ބާޒެއް ފިޔޮއް ޖަހައިގަންނަހެނެވެ. ދެ ޕާޓީ ފުޅިއްސާލީ ރާމާމަކުނު ބޯކިބާ ބަހާގޮތަށެވެ. ސަރުކާރަށް ވަޒީރުން ފުނި ޖަހަނީ ބަޑިތަކުރަށް އަލަފަތް އައިހެންނެވެ. މިހެން ކިޔާފައި ނުކިޔާނެ ކަމެއް ނެތެވެ. ކޮންމެ ކަމެއް އޭނާ އެ ދުއްވާލަނީ ކާމަސްތުރަ ޝެއިހަށް ނަހަލާލު ދަރި ލައްވާ ގޮތަށެވެ. 

ސިޓީ ކައުންސިލް މޭޔަރަކަށް ހުރިއިރު އެއްވެސް ކަމެއް ކުރީގެ ސަރުކާރުން ކުރިޔަ ނުދިން ކަމަށް މުއިއްޒު ނިކަން ބާރަށް ބުނެއެވެ. ލާމަރުކަޒީ ނިޒާމް ވަރަށް ރަނގަޅަށް ހިނގަން ޖެހޭނެ ކަމަށް ވެސް އޭނާ ބުނެއެވެ. ރައްޔިތުންނަށް ހީވާގި ކަމާއެކު ހިދުމަތް ކުރީމާ ރައްޔިތުން ވަރަށް ލޯބިވާނެ ކަމަށް ވެސް ބުނެއެވެ.

މުއިއްޒު މޭޔަރަކަށް ހުރިއިރު މާލޭ މާރުކޭޓާއި ޕާރކިން ރޭމްޕްތައް އެޅުމާއި މަގުތަކުގެ ފެންވަރު ރަނގަޅު ކުރަން އެެއްވެސް ކަމެއް ސިޓީ ކައުންސިލުން އޭރު ކުރިޔަ ނުދިން ކަމަށް އަޑަށް ބާރުލާފައި މުއިއްޒު ބުންޏެވެ. ސިޓީ ކައުންސިލުން އަމީނީ މަގު ހަދަން އުޅުނީމާ އެކަން ކުރިޔަ ނުދީ އާރުޑީސީއަށް ހަވާލުކުރި ކަމަށްވެސް ބުންޏެވެ. މުއިއްޒު މޭޔަރު ކަމުގައި މާލޭ މަޖީދީމަގު ހެދިލެއް ރަނގަޅުކަމުން މަތިމަތިން ކެރިކޮޅެއް ބުރުއްސާލިޔަސް މުޅި މަގު އޮންނަނީ ސްވިމިންގ ޕޫލަކަށް ވެފައެވެ. ރަސްފަންނު އަބަދު އޮންނަނީ މުއިއްޒުވެފައެވެ. މާލޭ ދެކުނު ފަރާތުން ހެދި މުއިއްޒު ނެރުވީ އުޅަނދު ފަހަރު ފުޑާ މެޝިނަކަށެވެ. އާސަހަރާ އޮތީ ކެންޕޭނު ފައިސާ ބޮކިޖަހާ އަރާ ސިހުރު ބިމަކަށް ހަދާފައެވެ.

އެތައް މިލިޔަން ރުފިޔާ ހޭދަކޮށްގެން ބައި އަޅައިގެން ކަދުރު ރުއްތަކެއް އެތެރެކޮށް މާލޭ ރިންގ ރޯޑް އަރިމަތީ އިންދައިގެން ބިޔަވެގެންވާ ކޮރަޕްޝަނެއް ހިންގާލީއެވެ. އިންދިހާ ޖާދޫގެ ކަދުރު ރުއްތަކަށް ލޮނުއަރައިގެން މަރުވާތީ ކިޔެވެލި ފެންޖެހީ ރިޔާސީ އިންތިހާބުގެ ނަތީޖާ ލިބެންދެނެވެ. އެމްޓީސީސީން ބަހުގެ ހިދުމަތް ދޭންފެށުމުން ވިލިގިލީގައި ބަހުގެ ހިދުމަތްދޭނީ ސިޓީ ކައުންސިލުންނޭ ބުނެފައި އެތައް މިލިޔަން ރުފިޔާ ބައި އަޅައިގެން ހަރަދުކޮށް ބަސްތަކެއް އެތެރެކޮށް ހަމަސްދުވަސް ނުވެ އެހުރިހާ ބަހެއް ބާދަގަނޑަށް ހަދާލީއެވެ.

މިއީ އަދި ކުޑަ މިންވަރެކެވެ. މިހުރިއްޔަކީ ނުބަލާ ދޫކޮށްލާ ވަރުގެ ކަންކަމެއް ނޫނެވެ. ރަނގަޅަށް ބަލައިފިއްޔާ އަތްކަނޑާ ވަރުގެ ބޮޑެތި ވައްކަމެވެ. ހިޔާނާތެވެ. މާލޭ މޭޔަރުކަމުގައި މުއިއްޒު ހުރެ ކުރިހާވެސް ކަމަކީ ވެރިކަން ހޯދަން ސިހުރު ހެދުމެވެ. މަގާމުގައި ހުރެ މާލޭ ރައްޔިތުންނަށް ހިދުމަތް ކުރީ އަމާކީތީ ފަރަށް ދާހެނެވެ.  

މޭޔަރު ކަމުން ރައީސް ކަމަށް ބަދަލުވެ މާލޭ ރައްޔިތުން އައު މޭޔަރަކު ހޮވާ އޭނާ ހުވާ ނުކުރަނީސް މާލެ ސިޓީގެ ބޮޑެތި ހުރިހާ ކަމެއް މުއިއްޒު އަންބޮނޑިއަށް ޖަހާލައިފިއެވެ. މޭޔަރުކަމުގައި ހުރި އިރު ސިޓީ ކައުންސިލަށް ނުދީގެން އުޅުނު ހުރިހާ ބާރުތަކެއް ކައުންސިލުން ނަގާ ރައީސް މުއިއްޒު އަތަށް ކަހާލީއެވެ. އެއްކަލަ މާލޭ މާރުކޭޓަކީ މީހާރަކު ސިޓީ ކައުންސިލާ ބެހުމެއް އޮތް ތަނަކަށް ނުވެއެވެ. ޕާކިން ރޭމްޕް ތަކުގެ މަސައްކަތަކީ ވެސް ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމަކަށް މިހާރަކު ނުވެއެވެ. ސިޓީކައުންސިލަށް އޮތީ ބުޅާ ބެލެހެއްޓުމާއި މަގުތަކުގައި ފެން ބޮޑުވިޔަ ނުދިނުމާއި ވިހާ މަރުވާ ބެލެހެއްޓުމެވެ. ލާމަރުކަޒީ ބާރުތައް މުއިއްޒު މާލެ ސިޓީ ކައުންސިލަށް ދޫކޮށްލާ ގޮތް ކިހާ ސަޅިހެއްޔެވެ. 

ހުޅުމާލޭގެ ހުރިހާ ބާރުތަކެއް ސިޓީ ކައުންސިލަށް ދޭންބުނެ އުވާލަންބުނި އާބަންކޯ ނަން ބަދަލުކޮށް އެޗްޑީސީ އަލުން އުފަންކޮށް އެތަން ހިންގަން މިނިސްޓަރ ފެންވަރުގައި އެމްޑީ އައްޔަނުކޮށްގެން އިހުނަށްވުރެ ހުޅުމާލޭގެ މައްޗަށް ގަދަވެގަތީ މަގުކުނިކެހުން ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ. ސިޓީކައުންސިލަށް ހުޅުމާލެ ދިނީ މޮހަނަށް ދޯނި ދޭހެނެވެ. 

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ގޮތަކާ ދޭނެ ތަނެއް އެނގެނީވެސް މުއިއްޒަށެވެ. ކުޑަ މިނުން ހިޔާވަހިކަން ނުލިބި ބިކަވެފާ ތިބި މީހުން ބޭނުން ވަނީ ކޮންގޮތެއްތޯ ވެސް ބަލާނުލައެވެ. އެއަށްވުރެ މުއިއްޒަށް މާ އެނގެއެވެ. ހިޔާވަހި ކަމުގެ މަޝްރޫއުތައް މަޑުނުޖެހި ހިނގާ ކަމަށް ބުނެ ބުހުތާން ދޮގު ރީތި ރާގު ރާގަށް ހައްދަނީ ގުރުއާން ހިތުދަސް އެޔެއް މިޔެއް ނޭނގޭ ވަލުބުޑު ނުކެނޑޭ ޅަ ދަރިއަކުލައްވައެވެ. އެ ސޮރު ދޮގެއް ނުހަދާނެއެވެ. ދެންވީ އެންމެން ބާރަށް އަތްޖަހާށެވެ.  

މުއިއްޒުގެ ގޮށްމުށުގެ ވެރިކަން ހިންގުމަށްޓަކާ މާލެ ސިޓީ ކައުންސިލް އޮތީ ހިސޯރު ކޮށްފައެވެ. މިނިސްޓްރީއެއް ހަދައިގެން އެލްޖީއޭއާއި ކައުންސިލްތަކުގެ ގާނޫނީ ބާރު ކަނޑުވާލާ މުޅި ލާމަރުކަޒީ ނިޒާމް މުއިއްޒުގެ ގޮނޑި ކޮއްކޮއަކަށް ބަދަލުކޮށްފިއެވެ. ދަތްދޮޅި ވަޒީރު ތުބުން ވެއްޓޭ ބަތްފުކެއް ނޫނީ ކައުންސިލަރުންނަށް ނުލިބޭ ވަރަށް ކައުންސިލަރުން ބަނދެލައިފިއެވެ. އަމްދުން ލަދުހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް އެހެން ޕާޓީ އެއްގެ ޓިކެޓްގައި ހޮވިގެން ހުވާކޮށް ގޮނޑީގައި ނީށީދެވެނީސް ރިޝްވަތު ދީގެން ބައިބޮޑު ކުރާކަށް ކައުންސިލަރަކު ނުގަންނާނެއެވެ.

]]>
Tue, 23 Jan 2024 20:31:49 +0500 ހީރަސްނިއުސް
މުއިއްޒު ސަރުކާރުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެ! https://heerasnews.com/2189 https://heerasnews.com/2189 މިޔަންމަރ (ބަރުމާ) ގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެތާނގެ ސަރުކާރުން ނަސްލު ނައްތާލުމުގެ ރަހުމުކުޑަ ގަތުލު އާއްމެއް ފާޅުކަން ބޮޑު ގޮތެއްގައި ހިނގިއެވެ. މިޔަންމަރ ސަރުކާރުގެ ރަހުމުކުޑަ އަނިޔާވެރިކަމާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން އިހުތިޖާޖު ކުރުމާއި ދަތިކުރުންތައް ކުރިމަތި ކުރުވިއެވެ. މިޔަންމަރ ސަރުކާރުގެ ލާއިންސާނިއްޔަތުކަން ނިމުމަކަށް ގެނައުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ގެމްބިއާ ސަރުކާރުން ދައުވާ އުފުލިއެވެ. 

މިޔަންމަރ އާއި ދެކޮޅަށް އުފުލުނު ދައުވާ ސާބިތުކޮށް ދިނުމުގެ ގޮތުން ދުނިޔޭގެ ބައެއް ގައުމުތަކުން އެ ދައުވާގެ ތެރެއަށް ތަދައްހުލުވިއެވެ. ދައުވާއަށް ތަދައްހުލުވީ ގައުމުތަކުގެ ތެރޭގައި ދުނިޔޭގައި ނަން ހިނގާ ބޮޑެތި އެތައް ގައުމެއް ހިމެނުނެވެ. ކެނެޑާއާއި ޑެންމަރކާއި ފްރާންސާއި ޖަރމަނީއެވެ. ނެދަރލޭންޑްސްއާއި އިނގިރޭސި ވިލާތުން ވެސް ތަދައްހުލު ވިއެވެ. 

އިގްތިސާދީ ގޮތުންނާއި އަޝްކަރީ ގޮތުން ދުނިޔޭގެ ފެންވަރުގައި ބާރެއް ނެތަސް އިންސާނީ ކަރާމާތާއި މުސްލިމް ރޮހިންޔާ ނަސްލުގެ ހައްގުގައި ދިވެހިރާއްޖެއިން ވެސް އައިސީޖޭ ގައި މިޔަންމަރއާއި ދެކޮޅަށް ގެމްބިއާއިން ކޮށްފައިވާ ދައުވާއަށް ތަދައްހުލުވިއެވެ. ދިވެހި ރައްޔިތުން ތިބީ ރޮހިންޔާ މުސްލިމުންނާއެކުގައި އެމީހުންގެ ހައްގުތައް ދިފާއު ކުރުމުގައިކަން ދުނިޔެއަށް ދިވެހީން ވަނީ ސާބިތުކޮށް ދީފައެވެ. 

ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނާ ދެކޮޅަށް އިޒްރޭލުން ހިނގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލު މުޅި ދުނިޔެއިން އެދަނީ ކުށްވެރި ކުރަމުންނެވެ. އެއްވެސް ރަހުމެއް ކުލުނެއް އިންސާނިއްޔަތު ކަމެއް ނެތި އިޒުރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ޖަރީމާ ހުއްޓުވުމަށް މުޅި ދުނިޔޭގައި ދަނީ އަޑު އުފުލަމުންނެވެ. އެބަޔަކަށް ލިބުނު އެއްޗެއް އިންސާނީ އެހީގެ ގޮތުގައި ދަނީ ފޯރުވާދެމުންނެވެ. 

ބައެއް ތަންތާނގައި އިޒްރޭލުގެ މަސްލަހަތު ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރަނީއެވެ. ގިނަ ގައުމުތަކަކުން އިޒްރޭލު މީހުން އައިސް ގޮސް އުޅުން މަނާކޮށް އިޒްރޭލު ޕާސްޕޯޓް ބޭން ކުރަނީއެވެ.

ސައްތައިން ސައްތަ އިސްލާމީ ދިވެހި ރާއްޖެއަށް އެއިން ކަމެއް ކުރުމުގެ ހިތްވަރެއް ދިވެހި ސަރުކާރުގައި ނެތެވެ. ރައްޔިތުން މަޖިލީހުގެ ގަރާރަކުން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރުމަށް ރައީސް އަރިހުގައި އެދުމުންވެސް އެކަން ކުރުމުގެ ހިއްވަރެއް މުއިއްޒުގެ ދިވެހި ސަރުކާރުގައި ނެތެވެ. ރާއްޖޭން އިޒްރޭލް ބޮއިކޮޓް ނުކުރަނީސް އިޒްރޭލުން ވަނީ ރާއްޖެ ބޮއިކޮޓް ކޮށްފައެވެ.

އިސްލާމް ދީނަށް ނަސްރުދީ އިސްލާމީ ޝަހުސިއްޔަތު ނަގަހެއްޓުމަށް އައި ސަރުކާރަށް އިޒްރޭލް ބޮއިކޮޓް ކުރުމުގެ ހިތްވަރެއް ނެތެވެ. ދިވެހި ރައްޔިތުން ބޭނުން ވަނީ އެކީ އެކައްޗަކަށް ރާއްޖެއިން އިޒްރޭލު ބޮއިކޮޓް ކުރުމަށެވެ. އިޒްރޭލުގެ އެކަކުވެސް ރާއްޖެ އައުމަކަށް ދިވެހިން ނޭދެއެވެ. ގާނޫނީ ހުރަސް ތަކެއް ހުރިކަމަށް ބުނެ ދިވެހި ސަރުކާރުން ވަނީ އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ފަސްޖެހިފައެވެ. އިޒްރޭލުގެ މަސްލަހަތު ހުރި ވިޔަފާރިތައް ރާއްޖޭގައި ކުރުން ހުއްޓުވުމަށް މަސައްކަތްކުރާ މީހުން ކުށްވެރިކޮށް ފިޔަވަޅު އެޅުން ދިވެހި ސަރުކާރުން ވަނީ އިސްކޮށްފައެވެ.

އިޒްރޭލުން ގާޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ދެކުނު އެފްރިކާއިން މިހާރު ދައުވާ އުފުލިތާ ކިތަންމެ ދުވަހެކެވެ. އަވަށްޓެރި ބަނގްލަދޭޝް ވެސް އެ މައްސަލައަށް މިހާރުވަނީ ތަދައްހުލު ވެފައެވެ. ރޮހިންޔާ މައްސަލައަށް ދިވެހި ރާއްޖެއިން އޭރުވަނަސް، ފަލަސްތީނު މުސްލިމު ރައްޔިތުންގެ ހައްގުގައި އެ މައްސަލައިގެ ތެރެއަށް ތަދައްހުލު ވާކަށް މިއަދު މިއޮތް ދިވެހި ސަރުކާރު ބޭނުމެއް ނުވެއެވެ.   

]]>
Tue, 16 Jan 2024 14:53:37 +0500 ހީރަސްނިއުސް
މާލޭ މީހުން ވޯޓުލާން ނުނިކުތީ ކީއްވެ! https://heerasnews.com/2181 https://heerasnews.com/2181 ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ އެންމެ މަތިވެރި ހައްގަކީ ވޯޓު ދިނުމުގެ ހައްގެވެ. އެ ހައްގު އަދާ ކުރާ ގޮތަކުން ކޮންމެ ފަދަ ގޮތެއް ވެދާނެ ކަން އެންމެނަށްމެ ރަނގަޅަށް އެނގެއެވެ. އެންމެ ވޯޓަކުން ވެސް ނަތީޖާ ބަދަލު ވެދާނެ ކަންވެސް އެނގެއެވެ. އެހެނެއް ކަމަކު ފޫގަޅާފައި ނިކުމެ ވޯޓު ދީގެން މަގާމުތަކަށް މީހުން ހޮވާ ދިނުމަށް ރައްޔިތުން މިހާރު ފޫހިވެއްޖެއެވެ.

މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފް ވުމާއެކު ކުޑަކާފު ބޮޑުކާފު ޒަމާން މާޒީއަށްވެ ވޯޓުފޮށި ދޮށުން ވަގުތުން ނަތީޖާ ލިބެންފެށިއެވެ. ރައްޔިތުން ބޭނުންވާ މީހާ ހޮވުމުގައި އިތުބާރާ ޔަގީންކަން ބޮޑުވެ ރައްޔިތުންގެ ގިނަ މީހުން ބޭނުންވާ މީހާ އިންތިހާބު ކުރެވޭކަން ޔަގީން ކުރެވުނެވެ. ފޯރި ގަދަ ކެންޕޭނުތައް ހިންގައިގެން ޕާޓީ މީހާ މަގާމަށް ގެންނަން ރޭނިދި ނުނިދާ އުޅެގެން ކައުންސިލްތަކާއި މަޖިލީހާއި ރައީސް ކަމަށް  މީހުން އިންތިހާބު ކުރެއެވެ. 

މަގާމުތަކަށް ރައްޔިތުން މީހުން އިންތިހާބު ކުރަނީ ބަޔަކަށް ބޮޑު މުސާރައާއި ބާރު ހޯދާދޭކަށް ނޫނެވެ. ގައުމު ހަމަ މަގުގައި ހިފަހައްޓާ ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރުމަށެވެ. ކޮންމެ ޕާޓީއަކުން ވެސް ގަބޫލުކުރާ ފަލްސަފާ ތަކާއި އުސޫލު ތަކުގެ ތެރެއިން ރައްޔިތުންނަށް މޮޅާއި ރަނގަޅު ހޯދުމަށެވެ.

އިންތިހާބު ވުމަށްޓަކައި ރައްޔިތުންގެ ތެރޭގައި ވިއްކާ ފިކުރާއި ހިޔާލާއި ވައުދުތައް ގަބޫލުކޮށް މީހުން އިންތިހާބު ކުރަނީ ކަށީގެ މަދަށް ބަޔަކު މަސައްކަތް ކޮށްގެންނެވެ. މުހުތާދު ޖެހިފައި ތިބޭ ރައްޔިތުންގެ ނިކަމެތި ކަމުގެ ފައިދާ ނަގައިގެން ވެސް މަގާމަކަށް މީހަކު އިންތިހާބު ވަނީ ރައްޔިތުންގެ މޮޅާއި ލާބައަށްޓަކައެވެ.

އަމިއްލަ ނަފުސަށް ކަމެއް ވިޔަސް ނުވިޔަސް ޕާޓީ ޓިކެޓްގައި ނިކުންނަ މީހާއަށް ވޯޓު ދީގެން ޕާޓީ ބާރުވެރި ކުރުވުމަކީ ގިނަ ބަޔަކު މަގާމަކަށް މީހަކު އިންތިހާބު ކުރާ ސަބަބެވެ. ރާއްޖޭގައި ބޭއްވުނު ހުރިހާ އިންތިހާބަކުން ވެސް ފެންނަން އޮތީ ޕާޓީ ބާރުވެރި ކުރުވުމެވެ. އެހެނަސް ޕާޓީ ބާރުވެރި ކުރުމަށް ވޯޓު ހޯދައިގެން އިންތިހާބު ވުމަށް ފަހު ރައްޔިތުން އިންތިހާބު ކުރި ހައިސިއްޔަތު ބަދަލު ކުރުމަކީ އާދައިގެ ކަމެއް ކަމަށް ވެއްޖެއެވެ. 

އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ޕާޓީ ބަދަލު ކުރުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެއްނޫނެވެ. ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކުރުމަކީ ވޯޓުދީގެން މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ރައްޔިތުން ފޫހިވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. އިންތިހާބުވާ ހައިސިއްޔަތު ދޫކޮށް އެނޫން ގޮތެއް ހިޔާރު ކުރުމުގައި ހައްދު ފަހަނައަޅާ ދިޔުމުން މުޅި ނިޒާމު ބޮޑު ފަކުރަކަށް ވެއްޖެއެވެ. 

މަގާމަކަށް ރައްޔިތުން އިންތިހާބު ކުރުމުން ގޮނޑި ވިއްކާލައިގެން އަމިއްލަ ބޮޑި ބޮޑުކުރަން ރައްޔިތުންދޭ ވޯޓަށް ހަރާންކޯރުވުން އިންތިހާއަށް ބޮޑުވުމުން ވޯޓު ދީގެން ކަންކަމަށް މީހުން ހޮވާކަށް ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. ރިޝްވަތުގެ ހަރާން ފައިސާގައި ހިފައިގެން ޕާޓީ ބަދަލުކޮށްފައި ކަން ހަލާލު ކުރަން ބުނެ އުޅެނީ ރައްޔިތުންގެ ހެވާ ލާބައަށް ކުރިކަމެއް ކަމަށެވެ. ކިތަންމެ މޮޅު ވާހަކައެއް ދެއްކިޔަސް ހަގީގަތަކީ ކޮބައިކަން އާއްމު ރައްޔިތުންނަށް އެނގެއެވެ. 

އިންތިހާބު ތަކުގައި ވޯޓުލުމަށް ރައްޔިތުން ފޫހިވީ އެހެން ސަބަބުތައް ވެސް ބައިވަރެވެ. އޭގެތެރެއިން ދޮގުވައުދު ވެގެން ރައްޔިތުންނަށް އޮޅުވާލައިގެން މަގާމު ހޯދުމަކީ ކުޑަކަމެއް ނޫނެވެ. މަތި މައްޗަށް ބުހުތާން ދޮގު ހަދައިގެން މަގާމު ހޯދައިގެން ބާރުތައް އަންބޮޑިއަށް ޖަހާތަން ދިމާލަން ފެންނަން ފެށީމާ އިންތިހާބު ތަކުގައި ވޯޓު ދިނުމުގެ ބޭނުން ކެނޑިއްޖެކަމަށް ރައްޔިތުން ގަބޫލުކޮށްފިއެވެ. 

އިއްޔެ ނިމިދިޔަ މާލޭސިޓީ ކައުންސިލްގެ ބައި އިލެކްޝަނުން ފެނިގެން އެދިޔައީ އެ ހަގީގަތެވެ. އިންތިހާބު ކުރާ މީހުންނާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައި ވާވަރެވެ. މާލޭ ރައްޔިތުންގެ 70 އިންސައްތަ މީހުން ވޯޓުލާން ނުނިކުތް ނުނިކުތުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ރައްޔިތުން އިތުބާރު ނުކުރާކަން ދައްކާދިން ދިނުމެކެވެ.

]]>
Sun, 14 Jan 2024 12:19:29 +0500 ހީރަސްނިއުސް
ސަރުކާރަށް ދަތިކުރިކަމަށް ޑރ. މުއިއްޒު އެއްބަސްވެއްޖެ! https://heerasnews.com/2168 https://heerasnews.com/2168 މާލެ ސިޓީ ކައުންސިލަށް ހޮވަންޖެހޭނީ ސަރުކާރުގެ ޕަޕެޓެއް ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުއިއްޒު ވާހަކަ ދައްވައިފިއެވެ. ޕާޓީ އޯޑަރަށް ތަބާވާ ކެންޑިޑޭޓަކު މޭޔަރު ކަމަށް ގެނެސްގެން ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މާލޭ މޭޔަރަކަށް އަންނަ މީހަކަށް ޕަޓީއާއި ދެކޮޅުވާން ކެރޭނެތޯ މުއިއްޒު ސުވާލު ކުރައްވައެވެ.

މުއިއްޒު އަމިއްލަފުޅަށް ކުރައްވާ އެ ސުވާލު ތަކާއެކު މިދަންނަވާ ސުވާލު ތަކަށް ވެސް ޖަވާބު ހޯއްދަވާލަ ދެއްވާށެވެ. ދަރަނީގެ ދަންތުރައެއްގައި ބެނދެވިފައިވާ މީހަކަށް ދަރަނި އަދާނުކޮށް ފުއްޕާފައި އުޅެވޭނީ ކިހާ ދުވަހަކުތޯއެވެ. މާލެ ސިޓީ މޭޔަރު ކަމަކީ ދަރަނި އަދާކުރުމަށް އަޅާ ފާލަމަކަށް ނުވެ ހިނގައިދާނެތޯއެވެ. ބޯ ހިނކެން ނެތް ދަރަނީގެ ބުރަޔާއެކު ރައްޔިތުންގެ ހައްގުތައް ހޯދާ ދެވޭވަރުގެ ނަފްސާނީ ދުޅަހެޔޮކަން ސަރުކާރުގެ ކެންޑިޑޭޓްގެ އެބަހުރި ތޯއެވެ. ސަރުކާރުގެ ކެންޑިޑޭޓްގެ އޮރިޔާން ނިވައި ކޮށްދޭން ބޯހިކެން ނެތް ދަރަންޏާ ސަރުކާރުން ޖާމިނު ވާނީތޯއެވެ. 

މާލޭ މޭޔަރު ކަމަށް އާޒިމާ ޝަކޫރު ހޮވުމުގެ އެދުން އޮތްލެއް ބޮޑު ކަމުން ސަރުކާރުން ބުނާހާ ގޮތެއް ނުހަދާ ގޮނޑި ކޮއްކޮއެއް ނޫނީ މާލޭ މޭޔަރު ކަމަށް ހޮވައިގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވެއެވެ. އދިކޮޅު ކެންޑިޑޭޓުންނަށް ޕާޓީލައިނާ ދެކޮޅަށް ކަމެއްކުރަން ކެރޭނެތޯ މުއިއްޒު އައްސަވާއިރު ޕީއެންސީގެ ކެންޑިޑޭޓަކީ ވެސް ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓެއް ކަން ހަނދުމަފުޅެއް މުއިއްޒު ނެތެވެ. ރާއްޖޭގައި އުފެދިފައިވާ ޕާޓީތަކަކީ ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރަން އުފެދިފައިވާ ޕާޓީ ތަކެކެވެ. ވެރިކަމުގައި އޮތުމާ ނެތުމަކީ އެހެން ކަމެކެވެ. 

އެންމެ ފަހުން މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވީ ރައީސް މުއިއްޒެވެ. މުއިއްޒު މޭޔަރަކަށް ރައްޔިތުން ހޮވީ އޭރު އޮތް ސަރުކާރުން ކެންޑިޑޭޓަކު ނެރެފައިވަނިކޮށް ސަރުކާރާ ދެކޮޅަށެވެ. ދެން ކަންތައް ކުރެއްވީ ރަނގަޅަށް ނޫންކަމަށް ކުރިން ކުރެވުނީ ޝައްކެކެވެ. ވަރަށް މޮޅު ވާހަކައެކޭ ހީކުރައްވާ މުއިއްޒަށް ދެއްކެވުނު ވާހަކަ އަކުން މުއިއްޒު ކަންކުރެއްވީ ރަނގަޅަށް ނޫންކަން ކަށަވަރުވެއްޖެއެވެ. އެހެން ކަމުން މުއިއްޒުގެ އަސްލު ސިފަ މިކަމުގައިވެސް އިތުރަށް ފާޅުވީއެވެ. 

އޭރުގެ އިދިކޮޅު ޕާޓީގެ ޓިކެޓްގައި ހޮވި ވަޑައިގެން މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ކުރެއްވީ ސަރުކާރަށް ޖެއްސުން ކަމަށް އަމިއްލަފުޅަށް ވިދާޅު ވެވުނީއެވެ. ރައްޔިތުން ވޯޓު ދީގެން މުއިއްޒު މޭޔަރު ކަމަށް ހޮވީ ސަރުކާރާ ދެކޮޅު ވާކަށް ނޫނެވެ. ރައްޔިތުންގެ ހެވާ ލާބައަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށެވެ.

އެހެނެއް ކަމަކު މުއިއްޒު މަސައްކަތް ކުރެއްވީ އެގޮތަށް ނޫން ކަމަށް ރައްޔިތުން ގާތުގައި އެ ވިދާޅުވީއެވެ. މުއިއްޒުގެ މޭޔަރ ކަމުގައި ހުންނަވައިގެން ސަރުކާރާ ދެކޮޅުވެރިވުމަށް ޕީޕީއެމުން އެންގި ހުރިހާ އެންގުމަކަށް ބޯ ލަނބާ ކިޔަމަން ގަތްކަމަށް އިއުތިރާފް ވެވުނީއެވެ. މިއަދަކު އެހެން މީހުން ސަރުކާރަށް އެއްބާރުލުމުގެ ވާހަކަ ދެން މުއިއްޒު ނުދައްކަވާށެވެ.   

]]>
Sun, 07 Jan 2024 20:49:55 +0500 ހީރަސްނިއުސް
މުއިއްޒުގެ ދޮގު ދޮލަނގު ކުނިވެއްޖެ: ޝާހިދު https://heerasnews.com/2162 https://heerasnews.com/2162 އެމްޑީޕީން ރާއްޖެ އަށް ނިކަމެތިވާ ފަދަ ކަމެއް ދުވަހަކު ވެސް ނުކުރާނެ ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އިދިކޮޅުގައި ތިއްބަސް ރާއްޖެ އަށް ނިކަމެތިކަން ލިބޭނެ ކަމެއް އެމްޑީޕީއަކުން ނުކުރާނެ ކަމަށާއި އެފަދަ ކަމެއް ކުރިޔަ ވެސް ނުދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެ ހެޔޮ ފާލަށް ގެންގޮސްފައި ވަނީ އެމްޑީޕީން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭންގައި ރޭ މާލޭގައި ބޭއްވި ދަނޑިކޮށީ ހަރުގެ ޖަލްސާގައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ޕީޕީއެމް/ޕީއެންސީން ބޮލަށް ލައިގެން ހިނގި ފިތުނައިގެ ދޮލަނގުގައި ހުރިއްޔާ ހުރި އެއްޗެއް ކުނިވެ ހަރާބުވެ ފަނި އަޅައި ފަނިފަކުސާއަށް ވެގެން ހިނގެއްޖެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބި ކަމަށް ބުނެ ފެތުރި ވާހަކަތަކާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ބުނެ ކުރި ތުހުމަތު ތަކުގައި ވެސް އެއްވެސް އަސްލެއް ނެތްކަން މިހާރު ހާމަވެފައިވާ ކަމަށެވެ.

" ބޮލަށް ލައިގެން ހިނގި ފިތުނައިގެ ދޮލަނގުގައި ހުރީއްޔާ ހުރި އެއްޗެއް 52 ދުވަސް ނުވަނީސް ކުނިވެއްޖެ. އެއިން ދުވާ ނުބައި ވަހުން ރާއްޖޭގެ ރައްޔިތުންނަށް، މާލޭގެ ރައްޔިތުންނަށް ނޯއް ދަމާލަން ނުކެރޭ" ކަމަށް ޝާހިދު ވިދާޅުވިއެވެ.

]]>
Fri, 05 Jan 2024 11:45:27 +0500 ހީރަސްނިއުސް
2023 ގެ އެންމެ މަގުބޫލު މީހާ: ރައީސް ޔާމީން https://heerasnews.com/2149 https://heerasnews.com/2149 2023 ވަނަ އަހަރަކީ ރާއްޖޭގައި އެއްގޮތަށްވުރެ ގިނަ ގޮތް ގޮތުން ފާހަގަ ކޮށްލެވުނު އަހަރެކެވެ. 2023 ނިމެމުން ދާއިރު މި އަހަރު ރާއްޖޭގައި އެންމެ ނަން ހިނގީ ކާކުތޯ ތަފާތު ގޮތްގޮތަށް ހީރަސް ޓީމުން ވަނީ ވަރަށް ބޮޑަށް ހޯދާ ބަލާފައެވެ. މުޅި އަހަރު ހިނގާދިޔަ އެންމެ ގިނަ ކަންކަމާއި ގުޅި ލާމެހިފައިވަނީ ކޮންކޮން ބައެއްގެ ނަމެއްތޯ ބަލާ ދިރާސާ ކުރެވުނެވެ. އެންމެ މަގުބޫލު މީހުން ދެނެގަތުމުގައި ބެލިފައިވަނީ މުޅި 2023އަށެވެ. އަހަރުގެ ވަކި މޫސުމަކަށް ނޫނެވެ. 

2023ގައި އެންމެ މަގުބޫލީ ކޮންބައެއްތޯ ބެލުމަށް ބެލީ ފަސް އަސާސެއްގެ މައްޗަށެވެ. އެގޮތުން ބެލުނު ކަންކަމަކީ:

1. މާސް މީޑިއާގެ ސުރުހީތައް: މާސްމީޑިއާ ސުރުހީ ތަކަށް ބަލަން ކަނޑައެޅީ ޕަބްލިސިޓީއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ ނޫސްތަކުގެ ސުރުހީން ދޭ މެސެޖަކުން ކަމަށް ބެލެވޭތީ ސުރުހީތައް އަމާޒުކޮށްފައި ހުންނަނީ އާއްމުންގެ މަގުބޫލު ކަމަށް ވަރަށް ބޮޑަށް އަމާޒުކޮށް ކަމަށްވާތީއެވެ.

2. މާސް މީޑިއާގެ ހަބަރުތަކުގެ ތަފްސީލް: މީޑިއާގެ ސުރުހީއަކުން އެކަނި ހަބަރެއްގެ ހަގީގީ މަންޒަރު ސިފަ ނުވާނެތީ ހަބަރުތަކާ މައުލޫމާތުތައް ގެނެސްދީފައިވާ ގޮތާއި ތަފްސީލްތަކުން ކާކަކީ ކާކުކަން ދެނެގަތުމަށް މަގުފަހިވިއެވެ.

3. އާއްމު އެއްވުންތަކުގައި ތާއީދު އޮތްގޮތް:މުޅި އަހަރުތެރޭގައި ބޭއްވިފައިވާ އެއްވުންތަކުން މީޑއާ ކަވަރޭޖް ލިބިފައިވާ އެއްވުންތަކާއި އެ އެއްވުންތަކުގެ ރޫހު ހުރިގޮތް ދެނެގަތީމެވެ.

4. ސޯސަލް މީޑިއާގައި ތާއީދު އޮތްގޮތް: 2023 ވަނައަހަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތް ތަކުގައި އެންމެ ގިނައިން ތާއީދުކޮށް ނަންކިޔެފައި ހުރީ ކޮންކޮން ބައެއްގެތޯ ބަލައިގެންވެސް ވަޒަން ކުރީމެވެ. އެގޮތުން ޓްވިޓަރ، އެފްބީ، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ދިރާސާ ކުރެވުނެވެ.

5. ރެންޑަމް ސާވޭ: މުޅި ރާއްޖޭގެ އެކި ހިސާބުން ތަފާތު އުމުރުގެ 5000 މީހުންގެ ރައުޔު މި ހިގާ ޑިސެމްބަރ މަހުގެ ތެރޭގައި ހޯދީމެވެ. 

ބަޔާންވެ ދިޔަ އަސާސްތަކުގެ މަތީގައި ކުރެވުނު މަސައްކަތުން 2023 ވަނަ އަހަރު ރާއްޖޭގައި އެންމެ މަގުބޫ ހަތަރު ބޭފުޅަކު ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ދެ ބޭފުޅަކު ތިން ވަނައަށް އެންމެ މަގުބޫލުކަން ހޯއްދަވާފައިވެއެވެ.

  • 2023 ވަނަ އަހަރު ރާއްޖޭގައި ތިން ވަނައަށް އެންމެ މަގުބޫލު ދެ ބޭފުޅުންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. 
  • 2023 ވަނަ އަހަރު ރާއްޖޭގައި 2 ވަނައަށް އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. 
  • 2023 ވަނަ އަހަރު ރާއްޖޭގައި އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމެވެ.

2023 ގައި ރާއްޖޭގައި އެންމެ މަގުބޫލު ބޭފުޅުން:

1- ރައީސް ޔާމީނު   %32.2

2- ރައީސް ސޯލިހު  %29.2

3. ރައީސް ނަޝީދު   %12

3. ރައީސް މުއިއްޒު   %12 

2023 ވަނަ އަހަރު ރާއްޖޭގައި އެންމެ މަގުބޫލީ ކޮންބައެއްތޯ ބެލި ބެލުމުން ނިކުތް ނަތީޖާ ވަރަށް ސާފެވެ. އިންސާފުވެރި ލޮލަކުން ބަލާލުމުން މުޅި އަހަރު ތެރޭގައި އެންމެ މަގުބޫލީ ކޮންބައެއްކަން އެނގިގެން ދެއެވެ.

  • މާސް މީޑިއާގެ ސުރުހީތައް: ފަލަސުރުހީ ހޯއްދަވާފައިވާ ތިން ބޭފުޅުންނަކީ މިއޮތީއެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހު %33
  • ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމް %28
  • ރައީސް މުހައްމަދު ނަޝީދު %25
  • މާސް މީޑިއާގެ ސުރުހީހަބަރުތަކުގެ ތަފްސީލްތައް: މާސް މީޑިއާ އެންމެ ބޮޑު ކަވަރޭޖެއް ހޯއްދަވާފައިވާ ތިން ބޭފުޅުންނަކީ މި ތިއްބެވީއެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހު %33
  • ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމް %25
  • ރައީސް މުހައްމަދު މުއިއްޒު %15
  • އާއްމު އެއްވުންތަކުގައި ތާއީދު އޮތްގޮތް: އާންމު އެއްވުންތަކުގައި އެންމެ ބޮޑު ތާއީދެއް އޮތް ތިން ބޭފުޅުންނަކީ މިދަންނަވަނީއެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހު %35
  • ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމް %33
  • ރައީސް މުހައްމަދު މުއިއްޒު %25 
  • ސޯސަލް މީޑިއާގައި ތާއީދު އޮތްގޮތް: ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ހިނގީ މިދަންނަވާ ތިން ބޭފުޅުންނެވެ. 
  • ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމް %40
  • ރައީސް މުހައްމަދު ނަޝީދު %35
  •  ރައީސް އިބްރާހީމް މުހައްމަދު ސޯލިހު %15
  • ރެންޑަމް ސާވޭ: އާންމުންގެ ތެރޭގައި އެންމެ މަގުބޫލު ތިން ބޭފުޅުން ވެސް ބައްލަވާ ލައްވާށެވެ. 
  • ރައީސް ޔާމީން %35
  • ރައީސް ސޯލިހު %30
  • ރައީސް މުހައްމަދު މުއިއްޒު 20%  
]]>
Sun, 31 Dec 2023 17:00:40 +0500 ހީރަސްނިއުސް
ދެފައިތަޅާ ރުޔަސް މުއިއްޒާ އެއްބައިވާނެ މީހަކުނެތް! https://heerasnews.com/2140 https://heerasnews.com/2140 ގައުމީ އެއްބައިވަންތަ ކަމުގެ ވާހަކަ ޑރ. މުއިއްޒު ދައްކާކަށް ތާހިރެއް ނޫނެވެ. ގައުމީ އެއްބައިވަންތަކަން އުފަންވަނީ މުއިއްޒާ ހަމަޔަކުން ނޫނެވެ. މިހާރަކު އެއްބައިވާށޭ ގައުމޭ ހަމަޖެހުމޭ ކިޔާނެ ކަމެއް ނެތެވެ. 

މުޅި ގައުމު ނުރައްކަލަށް ވައްޓާލައިގެން ވެރިކަން ހޯދުނީމާ އެއްބާރުލުން ނުލިބެގެން އުޅޭނެކަމެއް ނެތެވެ. ނިމި ދިޔަ ފަސް އަހަރު ގައުމު ފަސާދަކޮށް ރައްޔިތުންގެ ތެރޭގައި ވަގާ ދޮގާ މަކަރާ ފަތުރަމުން ދުވީ ތިޔަ މުއިއްޒު އިސްވެ ހުރެ ނޫން ހެއްޔެވެ. ސިޔާދަތޭ އިސްތިގުލާލޭ ހަރާން ހުކުމޭ ގޮވަމުން ތެޅެފޮޅުނު އިރު ތިޔަ ބުނާ އެއްބައިވަންތަކަން އޮތީ ކޮންތާކު ހެއްޔެވެ. 

އަވަށްޓެރި ގައުމަކާ ޖެހިގަނެގެން މުޅި ރާއްޖެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާ ފިތުނައިގެ ދޮލަނގު ބޮލަށް ލައިގެން ދުވިއިރު ގައުމިއްޔަތާ ސިޔާދަތާ އެއްބައި ވަންތަކަން އޮތީ ކޮންތާކު ހެއްޔެވެ. ރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކަނޑަމުން ދައުލަތުގެ ބާރުތައް ރޭޕްކުރަން ފޫގަޅައިގެން ހުސްގޮނޑި އެއް ދައްކަމުން މަތިހަށި ނަގައިގެން އުޅުނު އިރު އެއްބައިވަންތަކަން އޮތީ މުއިއްޒުގެ ކިހިލީގައެވެ. 

މުއިއްޒުގެ އަވާގައިޖެހި ބަޔަކު ތެޅި ބޭލި ވައްތަރުން އޭރު އުއްތަމަފަނޑިޔާރަކީ އަދުރޭއޭ ހީވިއެވެ. މަޖިލީހަކީ ޕީޕީއެމް-ޕީއެންސީއޭ ހީވެއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ މުއިއްޒޭ ހީވެއެވެ. އެކަމަކު އޭރުވެސް ރާއްޖޭގައި ގާނޫނީ ސަރުކާރެއް އޮތެވެ. އެ ސަރުކާރުގެ ރައީސަކަށް ހުންނެވީ އެއްބުރުން %65 އިންސައްތަ އަށްވުރެ މަތީ އަގުލަބިއްޔަތެއް ދީގެން ފަސް އަހަރުގެ ދައުރަކަށް ރައީސްކަމަށް އިންތިހާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެކެވެ. އޭރަކު ގައުމީ މަސްލަހަތެއް އެއްބައިވަންތަ ކަމެއް އޮންނަންޖެހޭ ކަމަކަށް މުއިއްޒަކަށް ނުވެއެވެ. 

ދޮގާ ވަގާ މަކަރުން އެންމެ ފަންސާސް ހަތަރު އިންސަތަ މީހުންގެ ވޯޓުން ދެވަނަ ބުރުން ރައީސްކަމަށް ހޮވެވުނީމާ ވަހުދަތާ އިއްޒަތާ ކަރާމަތާ މުޅިގައިގާ އެލުވައިގެން އެއްބައި ވަންތަ ކަމޭ ގޮވިޔަސް ވާނެ އެއް ކަމެއްވެސް ދެން ނުއޮންނާނެއެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ ތެރެއިން އެއްލައްކަ ނުވަހާސް މީހުން މުއިއްޒަށް ވޯޓެއް ނުދެއެވެ. ތާއީދެއް ނުކުރެއެވެ. މެޖޯރިޓީއަށް ބޯލަނބައިގެން ތިބެވޭނީ ވެސް މިނިކާ ބާޒެއްހެން ވެރިކަން ޖަހައި ނުގެންނަމަތާއެވެ. ތާއީދުކޮށް ވޯޓުދިން މީހުންވެސް އެތިބީ ވޯޓް ދެވުނު މޮޔަހީވެފައެވެ.

އެއްބައިވަންތަ ކަމޭ ގޮވަމުން ފޮނު އަރުވާއިރު ރައްޔިތުންގެ ހެވާ ލާބައަށް ކުރީގެ ސަރުކާރުން ފަށާފައި ހުރިކަންކަން މުއިއްޒު ގެންދަނީ ބަދަލު ކުރަމުން ހުއްޓަމުންނެވެ. ކުރިން ކުރަމުން އައި ކަންކަމުގެ ތެރެއިން ކަމެއް ކުރާނަމަ އެކަމެއް ކުރިކަމުގެ ނަން އަމިއްލައަށް ހޯދަމުންނެވެ. އެކަމަކު މީހުން ތިބީ ލޮލަށް މިރުސް އެޅިފައެއް ނޫނެވެ.

މާލޭ މީހުނަށް ހުޅުމާލެއާއި ގުޅީފަޅާ ގިރާވަރުފަޅާއި އުތުރު ތިލަފަޅުން ދިންހާ ގޯތި އެގޯތިތަކުގެ ވެރިންނަށް ނުދީ ވާން  އޮތްހާ ގޮތެއް ދަނީ މުއިއްޒު ހަދަމުންނެވެ. ކުރީގެ ސަރުކާރުން ރަށްރަށުގައި ކުރަމުން އައި ކަންކަމުން ނުނިމި އޮތް 17 މަޝްރޫއެއްގެ މިލްކުވެރިކަން މިހާ އަވަހަށް މުއިއްޒު ހޯދައިފިއެވެ. ކުރީގެ ސަރުކާރުން އިސްރަށްވެހިންނަށް މާލޭގައި ތައްޔާރު ކުރަމުން އައި މަރުކަޒްގެ ބާނީއަކީ މުއިއްޒު ކަމަށް ވެެގެންފިއެވެ. ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅާ ބީދައިން ކާޅުހާއްޔަށް މުއިއްޒު ވަނީ ދަނޑިބާނާފައެވެ. ދިވެހިރާއްޖެ ފެށުނީވެސް މުއިއްޒާ ހަމައިންނޭ ހީވާކަހަލައެވެ.

ރައީސް ޔާމީނު ވިދާޅުވާ ކަހަލަ މިނިކާ ބާޒެއްކަމުގައި ނޫނީ މުއިއްޒު ނުވެއެވެ. ރައީސް ޔާމީނާއި ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ދޯކާދީ ހުސްގޮނޑިއަކާއި ޔާމީނުގެ ފޮޓޯ ވިއްކައިގެން ހީލަތާ މަކަރުން ވެރިކަން ހޯދައިގެން ހުރެ މީހުންގެ އިތުބާރު ގެއްލި ގޮތް ހުސްވީމާ ބާގީ ލީޑަރުންނާ މަޝްވަރާކޮށްގެން ވެރިކަމުގައި ފައިހަރު ލައްވަން ގައުމިއްޔަތޭ އެއްބައިވަންތަކަމޭ ކިޔާ ދެފައިތަޅާ ރުޔަސް މުއިއްޒާ އެއްބައިވާނެ މީހަކު އޭގެތެރެއަކު ވެސް ނެތެވެ. ހޯދެން އޮތްގޮތަކުން ދައުލަތް އިރާލައިގެންވެސް ހޯދުން ނޫން ކަމެއް އެމީހުން ނުކުރާނެއެވެ.  

]]>
Wed, 27 Dec 2023 17:21:50 +0500 ހީރަސްނިއުސް
ގައުމީ ސަލާމަށް ބައި ހަރަމް ބަނުން ހުއްދަކޮށްފި https://heerasnews.com/2115 https://heerasnews.com/2115 މިހާރު އޮތް ފަތުވާ މަޖިލިހުން ބުނަނީ އާދަކާދައިގެ ގޮތުން ގައުމީ ސަލާން ކިޔާ އިރު މޭމަތީގައި އަތް ބޭއްވުން ހުއްދަ ކަމަށެވެ. އެކަމަކު ގައުމީ ސަލާން ކިޔާ އިރު މޭމަތީގައި އަތް ބޭއްވުމަކީ ދިވެހިންގެ އާދައެއް ނޫނެވެ. ދިވެހިންނަކީ ގައުމީ ސަލާމުގައި ކޮޅަށް ތެދުވުމުގެ އާދަ އެކަނި ގެންގުޅޭ ބައެެކެވެ. ސިފައިން ކޮށްއުޅެނީ ކުރުނީހެވެ. 

ދިވެހިން ގައުމީ ސަލާން ކިޔަން ފެށިފަހުން ފާއިތުވެ ދިޔަތަނުގެ މަންޒަރު ފެންނަން އޮތީ އެހެންނެވެ.

ދިވެހިން މޭމަތީގައި އަތް ބާއްވައިގެން ކޮޅަށް ތިބެނީ ހަމަ އެކަނި ނަމާދުގައެވެ. އެއަށް ގިޔާމް ވެސް އަދި ހަރަމް ބަނުން ވެސް ކިޔައެވެ. އެއީ ވާތްމަތީ ކަނާތް ބާއްވައިގެން ހުންނަ ހުރުމެވެ.

ކީރިތި ޤުރުއާނަށް ހުރުމަތްތެރި ކޮށް ހިތުމުގެ ގޮތުން އިހުގައި ޤުރުއާން އުފުލުމުގައި މޭމަތީގައި މުސްހަފު ޖައްސާލައިގެން ކީރިތި ޤުރުއާން އުފުލުމުގެ އާދައެއް ވަރަށް ފަހަކާ ޖެހެންދެން އޮތެވެ. 

ގައުމިއްޔަތައިގެން ކަމަށް ދެއްކެން ހިފިނުތިބެވޭ ބަޔަކު ސަރުކާރާ ހަވާލުވެ ގައުމީ ސަލާމުގައި މޭމަތީ ކަނާތް ބާއްވައިގެން ދެބައިކުޅައެއްބައި ހަރަމް ބަނީ މިދިޔަ ނޮވެމްބަރ 17 ގައި ޖުމްހޫރީ މައިދާނުގައި އޮތް ރައީސް މުޢިއްޒުގެ ހުވާ ރަސްމިއްޔާތުގައެވެ.

އެދުވަހު ބަން ބައި-ހަރަމް އެއީ ދިވެހިންގެ އާދަކާދަ ކަމަށް ހަދާ، މި ސަރުކާރުގެ ފަތުވާ މަޖިލިހުން އެކަން ހަލާލު ކުރީމާ އިތުރަށް ދައްކާނެ ވާހަކަ އެއް ނެތެވެ.

މުއިއްޒު ހުވާ ކުރެއްވި ދުވަހު ގައުމީ ސަލާމަށް އެންމެން ދެ ކަކުލުގައި އަތް އަޅައިގެން ބުރަކަށި ސީދާވާ ގޮތަށް ގުދަށް ނުތިބިކަން ނަސީބެވެ.

އެހެން ނަމަ ގައުމީ ސަލާމުގައި ބައި ހަރަމް ބަނުން ހުއްދަ ކުރިގޮތަށް، މި އަދަކީ ފަތުވާ މަޖިލިހުން ގައުމީ ސަލާމުގައި ފުލް ރުކޫޢުގައި ތިބުން ވެސް އާދަކާދައޭ ކިޔާ ހުއްދަކުރި ދުވަހަށް ވީސް ތޯއްޗެކެވެ.

މާއްދިއްޔަތާ އަމިއްލަ އެދުމާ މަގާމާ ޖާހަށްޓަކާ ދީނާ ގައުމާ އަގީދާ ނީލަން ކިޔާ މީހުނަށްވުރެ ވަކި ނުބައި ބަޔަކު ދުނިޔެތާކު ނުވާނެއެވެ.

]]>
Tue, 19 Dec 2023 14:19:28 +0500 ހީރަސްނިއުސް
އުނބަށްޖެހި ބާޒަށް ވެރިކަން ހޯދި ބޮޑު ދޮގު https://heerasnews.com/2108 https://heerasnews.com/2108 ވަގާ ދޮގާ މަކަރުން ވެރިކަމެއް ލިބިފައި ހުރީމާ ބިރު ގަންނާނެއެވެ. މޭކަރާނެއެވެ. ފައި ތުރުތުރު އަޅާނެއެވެ. ދެންމެ ދެންމެ ވެއްޓިދާނެއޭ ވެސް ހީވާނެއެވެ. ގަހަކުން ފަތެއް ހެލެލިޔަސް ފަހަތުން އަންނަހެން ހީވާނެއެވެ. 

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީނެވެ. ޕްލޭން އޭ އަކީ ޔާމީނެވެ. ޕްލޭން ބީ އަކީ ޔާމީނެވެ. ޕްލޭން ސީ އަކީވެސް ޔާމީނެވެ. މިއްޔަކީ މަށަކު ބުނި ވާހަކައެއް ނޫނެވެ. ނޭވަޔަކު ދެކޮޅު ޕީޕީއެމް-ޕީއެންސީން ކީލަވައެވެ. އަދުރޭ ނިދާއިރު ޝަހާދަތަކަށް ކީވެސް އެހެނެވެ. ނައިފަރު ޝިޔާމަށް ދެނޭވާ ދޭތެރޭގައި ކިޔުނީ އެހެނެވެ. އަމްދުން މުއިއްޒު ހުރީ ޔާމީނު ވެރިކަމުގައި ނެތި ދުނިޔޭގައިވެސް ނުހުންނަ ހިސާބުގައެވެ. 

އެންމެ ފުރަތަ ރައީސް ޔާމީނު ހައްޔަރަށް ގެންދަން އުޅުނު ދުވަސްވަރު ހައްޔަރު ކުރުމުގެ ކުރީން ޕީޕީއެމް-ޕީއެންސީ މެންބަރުނަށް ވަސިއްޔަތެއް ކުރެއްވިއެވެ. ތިމަން މަނިކުފާނު ނެތަސް މިނިކާ ބާޒަކަށް ލީޑަރޝިޕް ނުދިނުމަށް ކުރެއްވި ވަސިއްޔަތެވެ. ހައްޔަރަށް ޔާމީނު ވަޑައިގަންނަވަމުން ވަލީ ހަވާލު ކުރެއްވީ ހައްދުންމަތީ އަދުރޭއާއެވެ. ހައްދުންމައްޗަށް ނުގެންދާނެ ކަމަށް ޔަގީންކޮށެވެ. 

ދުވަސްތައް އެނބުރެމުން ސެނބުރެމުން އޮވެދެއެވެ. މިނިކާ ބާޒަކަށް ކުޑަބޭރުވެސް އެރޭ ތަނެއް ނުފެނެއެވެ. ކޮވެލި ހާއްޔެއްގައި ކާޅެއް އޮވެ ބޮޑުވާތަން ފެންނަ ވަރަށްވުރެ ކަންކަން އޮތީ ހައްދުން މައްޗަށް ގޮސްފައެވެ. އެންމެން އެންމެނަށް ތިބެ ގޮވަނީ ރައީސް ޔާމީނު! ރައީސް ޔާމީނެވެ. 

ފަރުދާގެ ފުރަގަހުގައި ފެކްޝަންތައް ހެދި ބޮޑުވަމުން އަންނަ ކަމަށް ވައިއަޑުން ކިޔައެވެ. ގައްސާނާއި ސައީދާއި މުއިއްޒު ފަދަ މީހުން ބައިބޮޑުކޮށް ޓިކެޓް ޖަހައިގަންނަން ތައްޔާރުވަމުން އަންނަ ކަމުގެ އަޑުތައް ގަދަވިއެވެ. ފުލުފުލުން އެވާހަކަތައް އަދުރޭ ދޮގުކުރެއެވެ. ހަމައެހެން ގައްސާނާއި ސައީދާއި މުއިއްޒުމެން ވެސް އެވާހަކަތައް ދޮގުކުރެއެވެ. 

ސިޓީ ކައުންސިލް ތެރޭގައި ރިޔާސީ ޓިކެޓަށް މުއިއްޒު ދޮންކޮށް ފައްކާވަމުން އަންނަކަން ފަޅާއަރާ ފިޔަވަޅު އަލާ ހިސާބަށް ދިޔުމުން ވެސް މުއިއްޒު ހެދީ ދޮގެވެ. އެ ކަމަކީ ކުރާކަމަކާ ލަފާ ގާތް ވެސް ނުކުރިއެވެ. ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނު ކަމަށް މަތިމައްޗަށް ހަތްހުވާކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވާން ބޭނުން ނޫންކަމަށް ބުނަމުން ދިޔައެވެ.  އެބޮޑު ދޮގު މުއިއްޒު ހަދާލީ އުނބަށް ޖަހަފާނެޔޭ މީހަކު ހިތަށް ނާރާހާ މޮޅަށެވެ. 

ރިޔާސީ އިންތިހާބު ބޯމަތިވަމުން އައި އައިހެން ރައީސް ޔާމީނުގެ ޖަލުނޯޓްތައް އަންނަމުން ދިޔައެވެ. ޖަލު ނޯޓްތައް ޕީޕީއެމް-ޕީއެންސީ ސެނެޓަށް އިއްވަނީ ވަގުތީ ލީޑަރު އަދުރޭއެވެ. އެގޮތުން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެނަމަ ހަދަން ޖެހޭ ގޮތުގެ އިރުޝާދު ވެސް ޖަލު ނޯޓަކުން ރައީސް ޔާމީނު ފޮނުއްވެވިއެވެ.

ޖަލުނޯޓުން ރައީސް ޔާމީން ދެއްވި އެއް އިރުޝާދަކީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާން ހުކުމެއްކަމާއި ރައީސް ޔާމީނަށް ވާދަ ނުކުރެވޭތީ 2023ގެ ރިޔާސީ އިންތިހާބު ޕީޕީއެމް-ޕީއެންސީން ބޮއިކޮޓް ކުރުމަށް ސެނެޓުން ފާސް ކުރުމަށެވެ. ހީލަތްތެރިކަމާއެކު އަދުރޭ ޔާމީނުގެ ހުށައެޅުއްވުން ސެނެޓްގައި ވޯޓަށް އެހީ ދެ ހުށަހެޅުމެއްގެ ގޮތުގައެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާން ހުކުމެއް ކަމަށް ސެނެޓްގެ އިއްތިފާގުން ފާސްކުރުވިއެވެ. އަދި އިންތިހާބު ބޮއިކޮޓް ނުކުރުމަށް ކައުންސިލުން ފާސްކުރުވީ ހުށަހެޅުން ދެ ހުށަހެޅުމެއްގެ ގޮތުގައި ވޯޓަށް އަހައިގެންނެވެ. ބޭނުމަކަށްވީ ރައީސް ޔާމީނުގެ ނަން ބޭނުންކޮށްގެން މިނިކާ ބާޒަކަށް ވެރިކަން ހޯދާ ދީގެން ދައުލަތް ދަވާލުމެވެ. ވެރިކަން ބޭނުން ނުވާކަމަށް ތަކުރާރުކޮށް މުއިއްޒު ބުނި ބުނުން އުނބަށް ޖެހުވުމެވެ.

]]>
Sun, 17 Dec 2023 14:13:56 +0500 ހީރަސްނިއުސް
ޝުކުރިއްޔާ އިބޫ https://heerasnews.com/1991 https://heerasnews.com/1991 ދުރާލާ ރާވައިގެން ވެރިކަމާ ކައިރި ވެވޭނެ ހުރިހާ ގޮތަކަށް މުޅި ހަޔާތް ގުރުބާން ކުރާ ގިނަ މީހުނަށް ވެރިކަމުގެ ވަސްވެސް ނުފެނެއެވެ. ކުރިން ވެރިކަން ލިބި އޭގެ މަސްތުގައި ޖެހި ހިތްނުކެނޑި ގެއްލުނު ފުރާވަރު ހޯދަން އުޅޭ މީހުންގެ ހާލު ވަކީން ބޮޑެވެ. އެހެންނެއް ކަމަކު ކުރާހާ ތަދުބީރު ތަގުދީރަށް ނުވެދަނީ މަދެއްކޮށް ނޫނެވެ. ބައެއް ޒާތުގެ ކަންކަން ހިނގާ ނިމިދަނީ ބަޔަކު ދުވަހަކު ހިތައް ނަރާ ގޮތް ގޮތަށެވެ.

ރާއްޖޭގެ ރައީސްކަން އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަފާނެ ކަމަކަށް ކުރިޔަކުން މީހަކު ހިތަށް ވެސް ނާރައެވެ. އެކަމަށް އެދިވަޑައިގެން އެއްވެސް ކަމެއް ދުވަހަކު ކުރެއްވި ކަމެއް އެނގިފައެއް ނެތެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރކަށް ހުންނަވައިގެން ވެސް ޔޯލަކޮށްލާފައިވެސް ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނެތެވެ.

ވެރިކަމައިގެން ލޮލުފިޔަ ނުޖަހާ އުޅުނު އެންމެން އެހެން އުޅެއުޅެ ތިއްބާ ރައީސް ސާލިހުގެ އަތްޕުޅު މައްޗަށް ވެރިކަން ފުރޮޅިގެން ދިޔަގޮތް އިބުރަތަކަށް ފުދެއެވެ. ވެރިކަން ލިބި ވަޑައިގެން ގޮތާއި ވެރިކަން ކުރެއްވުމުގައި ގާއިމު ކުރެއްވި ތަފާތު ރެކޯޑް ތަކަކީ ފެންނަ އާދަޔާ ހިލާފު ތަފާތެކެވެ.

ރައީސް ސާލިހު ވެގެން ގޮސްފައި ވަނީ މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ފައްކާވީ ފަހުން ދެވަނަ ބުރަކަށް ނުގޮސް ރައީސް ކަމަށް ހޮވި ވަޑައިގެން ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ފިކުރު ތަފާތު ސިޔާސީ ޕާޓީ ތަކެއްގެ މައްޗަށް އެކުލެވޭ ކޯލިޝަން ސަރުކާރެއް ރޫޅާ ނުލައްވާ ދެމެހެއްޓެވި ފުރަތަމަ ރައީސަށެވެ. ރައިސުލްޖުމްހޫރިއްޔާގެ ނައިބާ މައްސަލަ ނުޖެހި ނައިބުރައީސްއާއި އެކު އޮންނަން ޖެހޭ ގުޅުމާއި އިތުބާރު ދެމެހެއްޓެވި ފުރަތަމަ ރައީސަށެވެ.

ރައީސް ސާލިހަކީ ވެރިކަން ކުރާ މައިޕާޓީގެ އެތެރޭގެ ކޯޅުންތައް ކިތަންމެ ބޮޑަސް ޕާޓީގެ ރައީސް ދައުލަތް ހިންގުމާއި ޕާޓީގެ ލީޑަރޝިޕުން ބާކީކޮށް ނުލައްވާ އެކަށޭނަ އިހުތިރާމް ދެއްވައިގެން  ޕާޓީގެ މެޖޯރިޓީ ތާއީދު ހޯއްދެވި ލީޑަރެވެ. ޕާލަމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހާއި ކޮންގްރަސްގެ ތާއީދު އެންމެ ބޮޑަށް އޮތް އިސްލީޑަރެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19 ގެ އާލަމީ ވަބާއިން މުޅި ރައްޔަތުން ސަލާމަތްކޮށް ދެއްވި އާދަޔާ ހިލާފު ލީޑަރެވެ. ދަތި އުދަގޫ ހާލަތުގައި ގިނަ ގައުމުތަކާ ހިލާފަށް ކޮވިޑް ވެކްސިން ރައްޔިތުންނަށް ދިނުމުގައި ދުނިޔޭގެ ރެކޯޑް ގާއިމުކުރެއްވިއެވެ. ކޮވިޑް ޖެހިގެން މަރުވި މީހުން އެންމެ މަދު އެއްގައުމަށް ހައްދަވައި ކޮވިޑް މެނޭޖުކުރުމުގައި ދުނިޔެއަށް މިސާލު ދެއްކެވިއެވެ.

މުޅި ދުނިޔޭގެ އިގްތިސާދީ ހަރަކާތްތައް ހުއްޓި ގިނަ ގައުމުތަކުގައި ފަގީރުކަން އާއްމުވެ އެތައް ގައުމެއް ކާބޯ ތަކެއްޗަށް ޖެހި ބަނގުރޫޓު ވެގެން ދިޔައިރު ރާއްޖޭގެ ރައްޔިތުން އެހާލަތަށް ވެއްޓުނަ ނުދެއްވާ ގައުމު ނެގެހެއްޓެވިއެވެ.

މުޅި ދުނިޔެއިން ފަތުރުވެރި ކަމުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހެޓްޓްރިކް ހެދިއެވެ. ދުނިޔޭގެ ޖަމްއިއްޔާގެ ރިޔާސަތަށް ރާއްޖެ ގެންގޮސް ދެއްވިއެވެ. ބައިނަލް އަގުވާމީ ދުނިޔޭގައި ބަސްވިކޭ ނަންހިގާ ގައުމަކަށް ރާއްޖެ ހެއްދެވިއެވެ.

ވަޒީފާއެއް ކުރާނެ ކަމެއް ނެތިފައި ރަށްރަށުގައި ތިބި އެތައް ސަތޭކަ ބަޔަކަށް ސަރުކާރާއި ކުންފުނިތަކުން ވަޒިފާ ދެއްވާ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެގޮތް ހައްދަވާ ދެއްވާ ފޯރުންތެރި ކުރުވިއެވެ. މިނިމަމް ވޭޖު ތައާރަފްކޮށް ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުސާރަ އުފުއްލާލަ ދެއްވިއެވެ. ހިލޭ ޑިގްރީ ތަޢާރަފްކޮށް ދެއްވާ އެތައް ހާސް ކުދިންނަށް ހިލޭ ޑިގްރީގެ ދަށުން ކިޔެވޭނެ ގޮތް ފަހިކޮށް ދެއްވިއެވެ.

މާލެ ސަރަހައްދުގެ ބިމަކީ ސަރުކާރތަކުން ވިޔާފާރިކުރަން ގެންގުޅުނު ވިޔާފާރި މުދާގަޑެއް ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަވާ މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރެއްވިއެވެ. ޒަމާނުއްސުރެ އިހުމާލުކޮށް ބަކީކޮށްފައި އޮތް ރަށް ތަކަށް ތަފާތެއް ނެތި ފެނާ ނަރުދަމާއާއި ބަނދަރު ހޯއްދަވާ ދެއްވިއެވެ. ކުޅޭ ބިންތަކާއި މަލްޓިޕާޕަސް ހޯލުތަކާއި އެތައްސަތޭކަ ކްލާސް ރޫމެއް އިތުރުކޮށް ދެއްވާ ސެޓެލައިޓް ސްކޫލު ތަޢާރަފް ކޮށްދެއްވިއެވެ. ރަށްގިރުމުގެ ނުރައްކާ ކުރިމަތިވެފައިވާ ގިނަ ރަށްތަކެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް ދެއްވާ ރައްތައް ސަލާމަތް ކޮށްދެއްވިއެވެ.

އާނއެކެވެ. މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ސްކޫލު މަދަރުސާތަކާއި ޒުވާނުންގެ މަރުކަޒުތަކާ ކުޅޭ ބިންތައް ޒަމާނީ ފެންވަރުގައި ތަރައްގީ ކުރައްވާ ކޮންމެ ރަށަކީ އިންސާނުން ދިިރިއުޅެން ކަމުދާ އަމާން ހިދުމަތްތެރި ވެއްޓަކަށް ބަދަލުކޮށް ލައްވައިފިއެވެ. ވައިގެ މަގުންނާއި ކަނޑުމަގުން މުޅި ރާއްޖެ ގުޅި ލާމެހެމުން އެހުރެގެން ދަނީއެވެ.

ސްލޯވެ ކަންކަން ނުކުރެވޭ ވާހަކައާއި ރަށްރަށުގައި އަދާކުރާނެ ވަޒީފާ ނެތް ވާހަކަ ދެއްކި ވާދަވެރިން ފަހުން ދެއްކީ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާ ދޭ ވާހަކައާއި ހަރަދު ބޮޑު ވާހަކައާއި ދަރަނީގެ ވާހަކައެވެ. އުނދަގުލާ ދަރަންޏާއެކު ރައްޔިތުންނަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯއްދަވާ ދެއްވުމުގައި އަވަދިނެތި ރައީސް ސޯލިހު އުޅުއްވީ ފިތުނަވެރި ވާހަކަތަކަށް ބީރު ކަންފަތް ދެއްވައިގެނެވެ.

އަނިޔާވެރިކަމެއް ބަދަލު ހިފުމެއް ނެތި އަމާން ވެއްޓެއް ގާއިމުކޮށް ދެއްވިއެވެ. މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުން ތަންމިނަށް އޮތީ ހުޅުވިފައެވެ. ނޫސްވެރިންނާއި އަންހެނުން ބާރުވެރި ކުރުވިއެވެ.

އިގްތިސާދު ފުޅާވެ ދަރަނިތައް މެނޭޖްކުރެވި އުފާވެރި ޖަޒީރާ ރާއްޖެއެއް ހޯއްދަވައި ދެއްވާތަން ދެކެން ވާދަވެރިން ބޭނުމެއް ނުވިއެވެ. ދީނާ މިނިވަންކަމުގެ ދޮގު އަވާގައި ބަޔަކު ޖެހި ވެރިކަން ފޮރޮޅާލެވުމުގެ ހިތާމަ އެބަޔަކު އަދި ކުރާނެއެވެ. އިބޫއަށް އެދި ގޮވާނެއެވެ. އެހެނަސް ވަނީ ވަގުތު ފާއިތުވެފައެވެ. ދިވެހިރައްޔިތުންނަށްޓަކާ ކޮށްދެއްވި ހެޔޮވެރިކަމަށް އިބޫއަށް ފަށްފަށުން ޝުކުރިއްޔާއެވެ.

]]>
Sat, 11 Nov 2023 13:09:13 +0500 ހީރަސްނިއުސް
އޭސީސީ ދިލަކަނި އަމުރު މޫސުން https://heerasnews.com/1967 https://heerasnews.com/1967 އެންޓި ކޮރަޕްޝަން ކަމިޝަނަކީ ރައީސް ކަމުގައި ހުންނަ މީހެއްގެ ޕޮލިސީ ތަންފީޒު ކޮށްދޭން އުފައްދާފައި އޮންނަ ތަނެއް ނޫނެވެ. ރައީސްކަމުގައި މީހަކު ހުރެ ފަސް އަހަރު ހަމަކޮށް ވެރިކަމުން ފޭބީމާ މަހާނަ މައްޗަށް މަޑިއަކަށް ޖެހެން އޮތް މުއައްސަސާއެއްގެ ގޮތުގައި އެންޓި ކޮރަޕްޝަން ކަމިޝަން މަސައްކަތް ކުރާކުރުމާ މެދު ހައިރާންވެއެވެ. 

ރިޔާސީ އިންތިހާބުގެ ފޯރި ހިނގައިގަތުމުން ވާދަވެރިން ޔޯލަ ކޮށްކޮށްފާ ދައްކާހާ ވާހަކަ އަޑުއަހާ ތަނަކަށް އެންޓިކޮރަޕްޝަން ކަމިޝަން ވާކަށް ނުޖެހެއެވެ. އިންތިހާބުގެ ދުވަސްވަރު ސަރުކާރާ ދެކޮޅަށް ކުރާ ޝަކުވާތައް ބަހައްޓާތީ ފެންނަނީ އިންތިހާބުގެ ނަތީޖާ އަންނަ ގޮތެއް ބަލާށެވެ. އޮންނަ ސަރުކާރަށް އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ އެދެން ކަންތަކާ ޖެހުނީއެވެ. ފުލުފުލުގައި މައްސަލަތައް ބަލާ އަމުރުތައް ނެރެ ކަންކަން ހުއްޓުވާ ހަދަން ފަށަނީ ހޭބޯ ނާރައެވެ. ނެރޭ އަމުރުތަކުން ހުންނަނީ ދިލަކަނި ބުރާލަ ބުރާލައެވެ. ކުރިއްސުރެ ސަރުކާރުން ކުރަމުން އައި އެތައް ކަމެއް އެ ހިނދުން އެ ހިނދަށް ނުހުއްޓުވައިފިނަމަ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ނެތް އެއްކަމެއް އޮންނަ ކަމަކަށް އޭރަކު ނުވެއެވެ.

ކޮރަޕްޝަން ހުއްޓުވުމަކީ ވަކި ދުވަސްވަރަކު ނޫނީ އޮންނަ ކަމަކަށް ނުވަނީތާއެވެ. ސަރުކާރެއް ހިނގަމުން ދާއިރު ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް ހުއްޓުވާ ފިޔަވަޅެއް އެޅެނީ ހަމަ ހާލަކުންނެވެ. ކުރާނެ ކަމެއް ކުރާނެ ގޮތަަށް ކުރަމުން ދިޔަސް ކުރެވޭ އެއްކަމެއްވެސް އޮންނަކަމަކަށް ނުވެއެވެ. މުޅި ކޮމިޝަން އޮންނަނީ "ދެން ކީއްކުރާނި" މޯޑްގައެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގެ ތެރޭގައި ހިންގިހާ ކޮރަޕްޝަނާ ފަސާދައިގެ ކަންކަމުގެ ވާހަކައަކީ ނިކަން މަޝްހޫރު ވާހަކައެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމެމުން ދިޔައިރު އެންޓިކޮރަޕްޝަން ކަމިޝަން ފެނިގެން ދިޔައީ ރޭނިދި ނުނިދާ ކޮރަޕްޝަން ނައްތާލުމައިގެން އުޅުނުތަނެވެ. އިންތިހާބުން ރައީސް ޔާމީނު ބަލިވެ ރައީސް ސޯލިހަށް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ވެސް މިހާރު މިފެންނަ ކަހަލަ މަންޒަރުތައް އޭސީސީގެ ފުށުން ފެނުނެވެ. އާހިރުގައި ދިވެހިން އުންމީދުކުރި ފަދަ ކުޑަވެސް ނަތީޖާއެއް ފަސް އަހަރު ފާއިތުވެގެން ދިޔައިރު އެ މައްސަލަ ތަކުން އޭސީސީއަކަށް ހޯދައެއް ނުދެވުނެވެ. 

ރައީސް ސޯލިހު ވެރިކަމު ފަސް އަހަރު ނިމޭއިރުވެސް އޭސީސީއަކަށް ރައީސް ޔާމީނު ސަރުކާރުގެ އަނދިރި ފަރާތުން ކުޑަ ތަންފުކެއް ވެސް އަލިކޮށެއް ނުދެވުނެވެ. އެކަންކަމަށް ކުރިއްޔާ ކުރި މަދު ހުކުމެއް އޮތީ ހަރާން ހުކުމުގެ ގޮތުގައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ޒައްރެއްގެ މިންވަރުވެސް ދައުލަތަށް ހޯދާ ދިނުމުގައި އޭސީސީ އޮތީ ފޭލިވެފައެވެ. 

ރިޔާސީ އިންތިހާބުގެ މޫސުން އަންނަންދެން އޭސީސީގެ ކަމަކީ އެވެއަރނެސް ޕްރޮގްރާމް ހިންގުމުގައި ފައިސާ އިސްރާފް ކުރުމެވެ. އެންޓި ކޮރަޕްޝަންގެ މައުލޫމާތު ފަތުރާ މީހުން ބިނާކޮށް އެވެއަރނަސް ޕްރޮގްރާމް ހިންގަން އެންޓިކޮރަޕްޝަން ކަމިޝަނެއް ހަދައިގެން ދައުލަތުން މިލިޔަން މިލިޔަނުން ފައިސާ ހޭދަކުރުމަށް ވުރެ ގައުމީ ޔުނިވަރސިޓީގައި ފެކަލްޓީއެއް ހަދައިގެން އެކަން ކުރުން މާފައިދާ ބޮޑުވާނެއެވެ. 

ރާއްޖޭގެ އެންޓިކޮރަޕްޝަން ކަމިޝަނެކޭ އަސުރަށް ފޮޅޭ އަސުރުމަލެކޭ ތަފާތެއް ނެތެވެ. ވެރިކަމެއް ހިނގަމުން ދާއިރު އެވެރިކަމެއްގެ ތެރޭގައި ހިގާ ކޮރަޕްޝަންގެ ކަންކަން ހޯދާ އިސްލާހުކޮށް ފިޔަވަޅު އެޅުމުގެ ގާބިލުކަމެއް ކެރުންތެރިކަމެއް އޭސީސީގައި ނުހުރެއެވެ. ވެރިކަމެއް ހިނގަމުން ދާއިރު ކަންކަން ބަލާ ފާރަވެރިވެ ފިޔަވަޅު އަޅަށް އޭސީސީގައި ދަތެއް ނުހުރެއެވެ. 

ކަމެއްގެ އެކޮޅު މިކޮޅު ބެލުމެއްނެތި މީހަކު ޝަކުވާއެއް ކޮށްލާއިރަށް ކަންކަން ހުއްޓުވާ އަތްބަނދެ ހަދަން އެންޓި ކޮރަޕްޝަން ކަމިޝަނަށް އެނގެނީ ވެރިކަމުގެ އިންތިގާލީ މަރުހަލާގައެވެ. އައުވެރިއަކު ހުވާކޮށް ވެރިކަމެއް ފެށޭއިރަށް އޭސީސި ނިދާ ހަރުދަނޑިވެއެވެ. މަގާމުގައި ދެމި ތިބުމުގެ ވިސްނުން ނޫން ކަމެއް އެސީސީ މެންބަރުންގެ ގައިގައިވެސް ނެތީކަންނޭގެއެވެ. މަގާމުގައި ތިބުމަށް ވިސްނާ ބަޔަކު އިންތިގާލީ މަރުހަލާގައި ރައީސް ސޯލިހުގެ ސަރުކާރުގެ އަތްބަންނަން ތަހުގީގެއް ނުކޮށް ތުހުމަތަށް ކަންކަން ހުއްޓުވުމުގެ އަމުރުތައް ނެރެނީ މަޖިލީހުގެ މެޖޯރިޓީ އޮތީ ކޮންތާކުކަން ނޭނގިބާއޭ ހިތަށް އަރައެވެ.  

]]>
Thu, 02 Nov 2023 14:41:40 +0500 ހީރަސްނިއުސް
2018ގައި އޮތް ހާލަތަށް އިޔާދަ ކުރަން ދެން ނޫޅޭ https://heerasnews.com/1913 https://heerasnews.com/1913

ރަށުގައި ތިބެ އަދާކުރާނެ ވަޒީފާ ނުހުންނަ ވާހަކަ ސިޔާސީ ގޮތުން ކަން ބޮޑުވާ ކަމެއްގެ ގޮތުގައި އެއިރަކު އޮންނަ ސަރުކާރެއްގެ ވާދަވެރިން އަބަދުވެސް ދައްކައެވެ. ރައީސް ސޯލިހު އެ ޝަކުވާތަކަށް ނިމުމެއް ގެނެވޭތޯ ގިނަގުނަ މަސައްކަތް ކުރެއްވިއެވެ. ކާމިޔާބު ތަކެއްވެސް ހާސިލު ކުރެއްވިއެވެ. 

ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުޅާދާއިރާއެއްގައި ގާއިމު ކުރައްވަން ފެއްޓެވި އެއްސަބަބަކީ ވެސް ރަށްރަށުގައި އަނބިދަރީން ކައިރީގައި ތިބެގެން ގިނަ ބަޔަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ. އަސާސީ ހިދުމަތްތައް ފުޅާކޮށް އެހިދުމަތްތައް ދިނުމަށް އެކަށީގެންވާ ވަރަށް ވަޒީފާ އުފައްދާ އެ ވަޒީފާތަކަށް އެރަށަކުން ގިނަ ބަޔަކަށް ވަޒީފާ ދިނުމަކީ ރަށްރަށުގެ އިޖުތިމާއީ ހަމަޖެހުން އިތުރު ވެގެން ދިޔަކަމެކެވެ. މުއައްޒަފުންނަށް ހައްގު ޗުއްޓީތަކާ ލުއިތައް ދީގެން ހިދުމަތަށް ބުރޫ ނާރުވާ ހިދުމަތް ދެވޭ ގޮތް ހެދުމެވެ.

އަރިއަތޮޅާއި މާލެއަތޮޅާއި ފެލިދެ އަތޮޅާއި މާލެ ސިޓީ ނޫން މީހުން އުޅޭ ހުރިހާ ރަށެއްގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ފެނަކަ ކޯޕަރޭޝަންގެ ޒިންމާއެކެވެ. މިދައްކަނީ އެއްރަށެއް ދެރަށެއްގެ ވާހަކައެއް ނޫނެވެ. 160އަށްވުރެ ގިނަ ރަށުގެ ވާހަކައެވެ. 

2018 ވަނަ އަހަރު ރައީސް ސޯލިހުގެ ވެރިކަން ފެށުނުއިރު އެއިން ކޮންމެ ރަށެއްގައި ފެނަކައިން ދެމުން އައީ ކަރަންޓްގެ ހިދުމަތް އެކަންޏެވެ. ވަކި ދެތިން ރަށެއްގެ ނަރުދަމައާއި ފެނުގެ ހިދުމަތް ދެމުން އައެވެ. ހުރިހާ ހިދުމަތެއްހެން ދެމުންއައީ އަމާކީތީ ފަރަށްދާ އުސޫލުންނެވެ.

ކަރަންޓުގެ ހިދުމަތް ދެވެނީ ބަލިމީހަކަށް އައިވީ ދޭ ގޮތަށެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ކެނޑެއެވެ. ރެޔާއި ދުވާލު ދެވޭ ކަރަންޓްގެ ހިދުމަތް ދިނުމަށް ކޮންމެ ރަށެއްގައި ތިބެނީ ދެތިން މީހުނެވެ. އެމީހުން ތިބެނީ ދެވަރުން އެއްވަރުވެ ހަކަތަ ހުސްވެފައެވެ. 

މުޅި ރާއްޖޭގެ ބޮޑު ބަޔަކަށް އަސާސީ ހިދުމަތް ދޭން މުޅި ރާއްޖޭގައި ތިބެނީ ފެނަކަ ކުންފުންޏަށް ނިސްބަތްވާ އެންމެ 2756 މުއައްޒަފުންނެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދީ ފެސިލިޓޭޓް ކޮށްދިނުމަށް މާލޭގައި ހުންނަ ފެނަކަ މައި އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުން ވެސް ހިމެނޭ ގޮތުންނެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި އެހުރިހާ ރަށްރަށުގައި ހުރި އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރައްވާ ފެނަކައިގެ މަސައްކަތުގެ މާހައުލު ތަނަވަސް ކުރެއްވިއެވެ. ކޮންމެ ރަށެއްގައިވެސް ވަޒީފާ އަދާކުރާ މުއައްޒަފުންނަށް ބުރަޔަކަށް ނުވާވަރަށް އެ ރަށަކާ އެކަށީގެންވާ ވަރަކަށް ހިދުމަތްދޭ މުއައްޒަފުން އިތުރު ކުރެއްވިއެވެ. ކަރަންޓްގެ އިތުރަށް ފެނާއި ނަރުދަމާގެ ހިދުމަތް ރަށްރަށުގައި ގާއިމުކޮށް އެ ހިދުމަތްތައް ދިނުމަށް ވެސް މުއައްޒަފުން ހާއްސަ ކުރެއްވިއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 4،623 ވަޒީފާ އިތުރަށް އުފައްދަވާ ރަށުގައި އަނބިދަރިން ކައިރީގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ މަގު ފަހިކޮށްދެއްވިއެވެ.

2023 ވަނަ އަހަރު (މިއަހަރު)ގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް ފެނަކާގައި 7,379 މުވައްޒަފުން ތިބިގެން މާބޮޑަށް ހާސްވެގެން އުޅޭކަށް ނުޖެހެއެވެ. 160 ރަށަށްވުރެ ގިނަ ރަށެއްގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވެ ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުވެ ހިނގައިގަތުމަކީ ގެއްލުމެއް ނޫނެވެ. އެޔާއެކު އެރަށް ރަށުގެ އިގްތިސާދީ ހަރަކާތް ތަކަށް ހަކަތަ ލިބި ހިނގައި ގަންނާނެއެވެ. ރަށުތެރޭގައި އެނބުރޭ ފައިސާ އިތުރުވެ ފުދުންތެރިކަން އިތުރުވާނެއެވެ.

2018 ވަނަ އަހަރު އޮތް ހާލަތަށް ކަންކަން އިޔާދަ ކުރަން ދެން ނޫޅޭށެވެ. ރަށްރަށުގައި އަދާކުރާނެ ވަޒީފައެއް ނެތޭ ބުނެ ކުރި ޝަކުވާތައް އެކޮޅުކޮޅުން ޖަހާ މުއައްޒަފުން މާގިނައޭ ކިޔައިގެން ޝަކުވާ ނުކޮށްބަލާށެވެ. ރަށްރަށުގެ މީހުނަށް ވަޒީފާ ލިބޭތީ ބަޔަކަށް ހަސަދަވެރި ވެވެނީ މާ ބޮޑަށެވެ. މިހާރު ދެން ވެރިކަންވެސް ބަދަލުވީއެވެ. ގާއިމު ކުރަން ފަށާ ނުނިމިހުރި އަސާސީ ހިދުމަތްތައް ނިންމާ އަދިވެސް އިތުރަށް ވަޒިފާ އުފައްދާ ރަށްރަށުގެ އިގްތިސާދީ އިންޖީނު ހުއްޓުނަނުދީ އިތުރަށް މަސައްކަތް ކުރަން އުޅެބަލާށެވެ.

]]>
Sat, 14 Oct 2023 15:50:42 +0500 ހީރަސްނިއުސް
ސްޓެލްކޯ އެމްޑީ މުއައްޒަފުންނާ ބައްދަލު ކުރެއްވުން https://heerasnews.com/1766 https://heerasnews.com/1766 ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ކުންފުނީގެ މުއައްޒަފުންނާ ބައްދަލުކުރައްވާ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތް ކުރައްވައެވެ. އެގޮތުން ވަކިވަކީންނާއި ގްރޫޕް ގްރޫޕްށާއި ހުރިހާ މުއައްޒަފުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާ އިރުޝާދު ދެއްވުމަކީ އާދައެކެވެ.

މެނޭޖިން ޑިރެކްޓަރު ޝަރީފު މިމަހުގެ 19ވަނަ ދުވަހުގެރޭ ވެސް ވަނީ އެގޮތުން ބޮޑު ބައްދަލުވުމެއް މުއައްޒަފުންނާއެކު ސްޓެލްކޯގައި ބާއްވާފައެވެ. މި ބައްދަލުވުމަކީވެސް މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ޝަރީފު ހަވާލުވެވަޑައިގެންނެވި ފަހުން ކުންފުނީގެ އެންމެ ފަހުގެ މައުލޫމާތު މުވައްޒަފުންނާއި ހިއްސާ ކުރެއްވުމަށާއި، މުވައްޒަފުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. 

ބައްދަލުވުމުގައި ކުންފުނީގެ މަސައްކަތްތަކާއި ކުންފުނީގެ ކުރިމަގާއި މުއައްޒަފުންގެ ކުރިއެރުމާ ޓީމްވޯކްގެ މައްޗަށް އަލިއަޅުވަލާ މަޝްވަރާ ކުރައްވާ އިރުޝާދު ދެއްވިއެވެ. 

]]>
Thu, 24 Aug 2023 00:02:32 +0500 ނާއިރާ
ބަންކަރިންގް ރެގިއުލޭޓަރީ ފްރޭމްވޯކް ނިމުމަކަށް https://heerasnews.com/1738 https://heerasnews.com/1738 ރާއްޖޭގައި ބަންކަރިންގް ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ ރެގިއުލޭޓަރީ ފްރޭމްވޯކްގެ ޑްރާފްޓް ރެގިއުލޭޝަންސްތައް ތައްޔާރުކޮށް ނިމިއްޖެއެވެ. ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލެވިފައިވަނީ ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައިގެންނެވެ. 

ރެގިއުލޭޓަރީ ފްރޭމްވޯކްގެ ރެގިއުލޭޝަންސްތައް އެކުލަވަލާ ހިންގުމުގައި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވަރަށް ބޮޑަށް ބެލިފައިވެއެވެ. ތިމާވެށި ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް ވަނީ ދެނެގަނެވިފައެވެ. ތިމާވެށީގެ ރައްކަތެރިކަމާ ގުޅޭގޮތުން ހޯދަންޖެހޭ އެންމެހާ އާލާތްތައް ވަނީ ހޯދިފައެވެ.

ބަންކަރިންގެ ހިދުމަތާގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެމްއެންޑީއެފްގެ އިރުޝާދާއެކު ދަނީ އެޅެމުންނެވެ. 

ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި އެ ސިނާއަތާ ގުޅުންހުރި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ބަންކަރިންގ ހިދުމަތާ ގުޅިގެން ތިމާވެއްޓަށް ރައްކާތެރި ގޮތުގައި އިހަވަންދިއްޕޮޅު ޕޯޓްސިޓީ ތަރއްގީ ކުރުމަކީ ރައީސް ސޯލިހުގެ ހެޔޮވެރިކަމުގައި ހިފާފައިވާ އަމާޒެކެވެ.  

އިހަވަންދިއްޕޮޅު ޕޯޓްސިޓީގައި ބަންކަރިންގ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެސްޓީއޯއިންނެވެ. ގާއިމުކުރެވޭ ބަންކަރިންގެ ހިދުމަތުގާ ހުރިހާ ގޮތަކުން ސަލާމަތާ ރައްކާތެރިކަން އެސްޓީއޯއިން ކަށަވަރު ކުރާނެއެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްލާ ސައީދަކީ މެރިޓައިމްގެ ދާއިރާއިން އިލްމާ ހުނަރާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ފުންނާބު އުސް ބޭފުޅެކެވެ.

]]>
Sat, 12 Aug 2023 13:23:59 +0500 ހީރަސްނިއުސް
މަތީ ތައުލީމްގެ ފުރުސަތުނެތް ދިވެއްސަކުނެތް: ރައީސް https://heerasnews.com/1676 https://heerasnews.com/1676 ތައުލީމާއި ތަމްރީނުގެ ދާއިރާއިން މީގެ ކުރިން ތަނަވަސް ވެފައި ނެތް މިންވަރަށް ދިވެހި ޒުވާނުންނަށްޓަކައި މި ސަރުކާރުން ފުރުސަތު ފަހި ކޮށްދީފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެން ގޮތަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ހޯއްދަވައި ދެއްވާފައެވެ. ވައުދު ފުއްދަވާ ރައްޔިތުންނަށް އިލްމު އުނގެނުމަށާއި މަތީ ތައުލީމު ހާސިލް ކުރުމަށް ފުރުސަތު ފަހި ކޮށްދީީފައިވަނީ މިސަރުކާރުންނެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ތައާރަފް ކުރި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު 4،000 އަށް ވުރެ ގިނަ ދަރިވަރުން މިހާތަނަށް ވަނީ ބޭނުންކޮށްފައެވެ. ރައީސް ސޯލިހު ހޯއްދެވި ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކަން ރައީސް ވެސް މިއަދު ވަނީ ފާހަގަ ކުރައްވާފައެވެ.

ރައިސް ވިދާޅުވީ "ހެޔޮ ރަހްމަތްފުޅުން މި ފިޔަވަޅު މަތީ ހުރެ އުފަލާއެކު އަޅުގަނޑު ދަންނަވަން އޮތީ އިލްމު އުނގެނުމާއި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު ވެސް މިހާރު ނުހުންނާނެ،" ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިތުރަށް އެ މަނިކުފާނު ވިދާޅުވީ ދިވެހިން އެދިއެދި ތިބި މަންޒިލަކީ 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށެވެ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު ކަމަށެވެ.

ރައީސް ސޯލިހުގެ ފުރަތަމަ ފަސްއަހަރު އަމާޒު ހިއްޕެވި ގޮތުގެ މައްޗަށް އަލިއަޅުއްވަ ލައްވަމުން ވިދާޅުވީ "މާތް ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން،" ކަމަށެވެ. އަދޭހެވެ. ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ ޒާތީ މިނިވަންކަމަކީ ދަރިންނަށް ކިޔަވައިދީގެން ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން ކަމެވެ.  

މި ސަރުކާރުން މިއަދު މިވަނީ ހަމަޖެހުމާއި ސުލްހަވެރިކަން ގާއިމުކޮށް ގައުމު ބިނާކުރުމުގެ ބިންގާ ފުރިހަމައަށް އަޅާފައެވެ."ދެން ކުރަން އޮތް ކަމަކީ އަޅުގަނޑުމެން މި ތައްޔާރުކުރި ތަރައްގީގެ ބުސްތާނަށް ފެން ދީ އެ ގަސްތައް ހެއްދުން. އަޅުގަނޑުމެންގެ މަގުސަދަކަށް ވާންވީ އެ ގަސްތަކުގެ ހިޔާ މުޅި ރާއްޖެއަށް ފަތުރާލައި އެ ހިޔާވަހިކަމުގެ ދަށުގައި ކުރިމަގުގެ ޖީލުތަކަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން،" ކަމަށް ރައީސް ވިދާޅުވީ މިނިވަންދުވަހު ބޭއްވި ގައުމީ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ. 

]]>
Wed, 26 Jul 2023 14:33:30 +0500 ހީރަސްނިއުސް
އދގެ ސެކެރެޓަރީ ޖެނެރަލްގެ ތައުރީފް ފެނަކަ ސައީދަށް https://heerasnews.com/1593 https://heerasnews.com/1593 ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙްގެ ނެޓް ޒީރޯ ސިޔާސަތު ތަންފީޒް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތް ގިނަގުނައެވެ. ރައީސްގެ ނެޓް ޒީރޯ ސިޔާސަތުގެ ދަށުން ކާރބަން ނިއުޓްރަލް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަށް އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ޝުކުރު އަދާކުރައްވާ ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.

ފެނަކަ އެމްޑީ އަހުމަދު ސައީދަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފްކުރައްވައި ވާހަކަފުޅު ދެއްކެވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހުގައި އަހުމަދު ސައީދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައެވެ. ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވެވި ބައްދަލުކުރެއް ވުމެއްގައެވެ. 

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުގެ ތާރީހީ މި ބައްދަލު ކުރެއްވުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދަށް އދގެ ސެކްރެޓަރީ ޖެނެރަލަށް އެރުވިއެވެ.

އެގޮތުން ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އަދި އެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީސް) ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު، ސެކްރެޓަރީ ޖެނެރަލްއާއި ހިއްސާކުރެއްވިއެވެ.

ނެޓްޒީރޯއަށް ވާސިލްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ނެޓްޒީރޯއަށް ވާސިލްވުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ ސެކްރެޓަރީ ޖެނެރަލްއާއި ހިއްސާކުރައްވާފައެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެސްޑީޖީތައް ހާސިލް ކުރުމަށް ފެނަކަ އާއި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަށް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.  

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާއިވެސް ވޮޝިންޓަންގައި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ ބައްދަލުކުރައްވާފައެވެ.

]]>
Wed, 05 Jul 2023 11:15:31 +0500 ހީރަސްނިއުސް
ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން އެސްޓީއޯއިން ގިނަ މަސައްކަތްކުރޭ https://heerasnews.com/1589 https://heerasnews.com/1589

ކަނޑު ދަތުރުފަތުރަކީ ދިވެހިންގެ ދިރިތިބުމަށާއި ކުރިއެރުމަށް އެންމެ މުހިއްމު ކަންތަކެވެ. ރާއްޖޭގެ ސަރަހައްދުގެ 90 އިންސައްތައަށް ވުރެ ބޮޑު ބަޔަކީ ކަނޑެވެ. ކަނޑުމަގުން ދަތުރުކުރުމަކީ ދިވެހިން ކުރިއެރުމަށް އޮތް މުހިއްމު މަގެވެ. މިމޭރުމުން ވަހަކަފުޅު ދެއްކެވީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ތަޖުރިބާކާރު ކެޕްޓަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްލާ ސައީދު އެވެ. 

ގައުމީ ޝިޕިން ކުންފުނި، އެމްއެސްއެސްގެ ފުރަތަމަ އެމްޑީ އަދި ކެޕްޓަން ސައީދު  ދުނިޔޭގެ ކަނޑު ދަތުރު ފަތުރުކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖަކީ ފަހަގަ ނުކޮށް ދޫކޮށްލެވެވަރުގެ މެސެޖެއް ނޫނެވެ. 

ދުނިޔޭގެ ގަވާއިދުތަކަށް އައި ބަދަލާ ގުޅިގެން ބޯޓުފަހަރުގައި އަންދާ ތެލުގެ ސާފުކަން ވެސް އިތުރުކުރެވިފައިވާކަމަށާއި އޭގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރެވިފައިވާކަމަށް ކެޕްޓަން އަބްދުއްލާ ސައީދު ވިދާޅުވެއެވެ. 

ކަނޑުމަތީގެ ރައްކާތެރިކަމާއި، ތިމާވެށީގެ ރައްކާތެރިކަމުގެ ޝިއާރުގެ ދަށުން މިއަހަރު ފާހަގަކުރި ކަނޑުދަތުރުފަތުރުކުރާ މީހުންގެ ދުވަހާ ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްލާ ސައީދު ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއިން އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން އެމްއެސްއެސްގެ ބޯޓުފަހަރުގައި ތިމާވެއްޓާ ރައްޓެހި އާލާތްތައް ހަރުކުރެވިފައިވާ ކަން އޭނާ ފާހަގަކުރައްވައެވެ.


]]>
Tue, 04 Jul 2023 10:57:52 +0500 ހީރަސްނިއުސް
އެމްޕީއެލް ފްލެޓުތައް ޖުލައި މަހު ހަވާލު ކުރާނެ! https://heerasnews.com/1554 https://heerasnews.com/1554
އެމްޕީއެލްއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ ފްލެޓްތަކަކީ އެ ސަރަހައްދުގައި ހަދަމުން އަންނަ އެހެން އެޕާޓްމަންޓުތަކާ އަޅައިބަލާއިރު ޖާގައިގެ ގޮތުން ބޮޑެތި އެޕާޓްމަންޓުތަކެކެވެ. އެ އެޕާޓްމަންޓުތައް ޑިޒައިންކޮށްފައިވަނީ ވީހާވެސް ފަސޭހަކަމާއެކު ދިރިއުޅެވޭ ގޮތަކަށް ބަލައިގެންނެވެ. އެމްޕީއެލް އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނަކޮށްފއިވަނީ  15 ބުރީގެ 3 ޓަވަރެވެ. މި ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހިމެނެއެވެ. އެޕަރޓްމެންޓްތަކުގައި ހިމެނެނީ 1 ކޮޓަރީގެ 204 ފްލެޓާއި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 330 ފްލެޓެވެ.

އެމްޕީއެލް ގެ ތިން ޓަވަރުގައި ޖާގައަށް ބަލައި ދެވައްތަރެއްގެ އެޕާޓްމެންޓް ހިމެނެއެވެ. އެއީ އެއްކޮޓަރި އާއި، 1+2 ކޮޓަރީގެ ފްލެޓްއެވެ. މި ދެ ބާވަތުގެ ފްލެޓްތައްވެސް ދެ ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ.

އެގޮތުން 1 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭ ފްލެޓުތަކުގައި 454 އަކަފޫޓު ހުރެއެވެ. ޓައިޕް ބީގައި ހުންނަނީ 471 އަކަފޫޓެވެ.

1+2 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭގައި 670 އަކަފޫޓު ހުންނައިރު ޓައޕް ބީގައި 686 އަކަފޫޓު ހުރެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދަމުން އަންނަ ފްލެޓުތައް ޖުލައި މަހު ހަވާލު ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. މިހާރު ކުރިއަށް ދަނީ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތް ތަކެވެ. ޖުލައި މަހުގެ ތެރޭގައި ފްލެޓް ލިބުނު މުއައްޒަފުންނަށް ފްލެޓް ހަވާލު ކުރުމަށް މަސައްކަތް ކުރެވެމުން ދާކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއެވެ.

މިހާރު ގްރައުންޑް ފްލޯގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ލޮބީ އޭރިޔާގައި މުށިޖެހުމާއި، ސީލިންގ އެޅުމާއި، ލިފްޓް ޓެސްޓު ކުރުން ފަދަ މަސައްކަތްތައް ބާރަށް ކުރިއަށް އެބަދެއެވެ. ދާއިމީ ކަރަންޓްގެ މަސައްކަތް ނުނިމުނު ނަމަވެސް ފްލެޓް ހަވާލު ކުރުމުން ފްލެޓްގެ ވެރިފަރާތަށް ފްލެޓްގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. 

ކޮންމެ ޓަވަރެއްގެ މަތިން ފެށިގެން ތިރިއަށް އެޕާޓްމަންޓްތައް ސާފުކުރަމުން މުއައްޒަފުންނަށް އެއްކޮށް ވަދެވޭއިރު އެއްކޮށް ސާފުކުރެވި އޮންނަ ތަނަކަށް ހެދުމަށް އެމަސައްކަތް ވެސް ކުރިއަށްއެބަދެއެވެ. ސައިޓް ކްލިއަރ ކުރުމާއި ސައިޓްގައި ހުރި ހުރިހާ ކޮންސްޓްރަކްޝަން ސާމާނުތައް ހުސްކުރުމާއި އެކަހަލަ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ.

ފެނާއި ނަރުދަމާ ކަރަންޓްގެ ކަނެކްޝަން ދިނުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދެއެވެ. ފެނުގެ ވެސް ގިނަ ކަނެޝަންތައް ހުރީ ހެދިފައެވެ. އެކަންވެސް އޮތީ ޓެސްޓިންގ ސްޓޭޖްގައެވެ.

ކަރަންޓް ޕެނަލްތައް ބެހެއްޓުމާއި ބޭރުން ވައްދާ ކޭބަލްތައް ޖެހުން ކުރިއަށް ކުރިއަށް އެބަ އޮތެވެ. އެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި އޮތީ ސްޓެލްކޯއަށެވެ. އެ މަސައްކަތް ސްޓެލްކޯއިން ކުރިއަށް އެބަ ގެންދެއެވެ.

]]>
Fri, 23 Jun 2023 16:11:54 +0500 ހީރަސްނިއުސް
ހިންމަފުށީ ސާފުކުރުމުގެ ޕްރޮގްރާމްގައި ސްޓެލްކޯ https://heerasnews.com/1501 https://heerasnews.com/1501 އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ސްޓެލްކޯ އަކީ ލާމަސީލު މިސާލެކެވެ. އިހުތިސާސްގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންގެ ކޮންމެ ކަމެއްގައި ފިސާރި ސާބިތު ކަމާއެކު ސްޓެލްކޯގެ މުއައްޒަފުންގެ ބައިވެރިވުން ބޮޑެވެ. ގައުމީ ފެންވަރާއި ދުނިޔޭގެ ފެންވަރުގައި ރަށްރަށުގައި ފާހަގަ ކުރެވޭ ކޮންމެ ހަރަކާތެއްގައި އެ ރަށެއްގެ ރައްޔިތުންނާ ބައިވެރި ވުމަކީ ސްޓެލްކޯއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ކ. ހިންމަފުށީ ކައުންސިލުން އެ ރަށުގެ މުއައްސަސާތަކާއި ގުޅިގެން ހިންގި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްގައި ހިންމަފުށީ އިންޖީނުގޭ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. 

]]>
Fri, 09 Jun 2023 00:37:07 +0500 ހީރަސްނިއުސް
ފެނަކައިގެ ނަން ހަރާބުކުރަނީ ނޫސް މަސްހޫރުކުރަން https://heerasnews.com/1491 https://heerasnews.com/1491 ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުން ކޮށްގެން އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތައް އުފައްދައި ޝާޢިޢު ކުރަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.  އެފަދަ ނޫސްތަކުން އެކަން ކުރަނީ ފެނަކައަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ބްރޭންޑަކަށް ވުމުން އެކަމުގެ ފައިދާ ނަގައިގެން ނޫސް ކިޔާ ފަރާތްތައް އިތުރު ކުރުމުގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައި ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލަން ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް ފެނަކައިން އިލްތިމާސް ކުރެއެވެ.

ބައެއް ފަރާތް ތަކުން ކުރާ އެފަދަ ކަންކަން ހުއްޓާލުމަށް ފަހު، މުޖްތަމައަށް ފައިދާހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް ލިބިފައިވާ ވަގުތާއި ވަސީލަތްތައް ބޭނުން ކުރުމަށް ފެނަކައިން ނަސޭހަތްތެރި ވެއެވެ.

އެއްވެސް އަސްލެއް، އަސާސެއް ނެތި އެ ކުންފުނީގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލައި، ނަން ކިލަނބު ކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް ފެނަކައިން އިލްތިމާސް ކުރެއެވެ. މިގޮތަށް ފެނަކައިން އިލްތިމާސްކުރީ އެ ކުންފުނިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައެވެ.

]]>
Tue, 06 Jun 2023 09:34:05 +0500 ހީރަސްނިއުސް
އިޖްތިމާއީ ހަރަކާތުގައި ސްޓެލްކޯ ލާމަސީލު https://heerasnews.com/1422 https://heerasnews.com/1422 ރައްޔިތުންނަށް ލާބައާއި މަންފާ ކުރަނިވި އިޖްތިމާއީ ހަރަކާތްތައް ހިންގުމުގައި ސްޓެލްކޯއަކީ ލާމަސީލު މިސާލެކެވެ. އެހެން މުވައްސަސާތަކާއެކީ ޓީމެއްގެ ގޮތުގައި ސްޓެލްކޯގެ ހީވާގި މުވައްޒަފުންގެ މިންނެއް މަސައްކަތްތަކަށް ސްޓެލްކޯގެ މެނޭޖުމަންޓުން އައްސަރިބަހާއި ސާބަސް ދެއެވެ. މިފަދައިން ސްޓެލްކޯގެ މެނޭޖުމަންޓުން އެ ކުންފުނީގެ މުވައްޒަފުންކުރާ އިޖުތިމާއީ މަސައްކަތުގެ އަގު ވަޒަން ކުރުމުން ދައްކުވައިދެނީ އެކުންފުނިން ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށްދޭ އަހައްމިއްޔަތެވެ.

ތުލުސްދޫ އައު ހޮސްޕިޓަލް އަޅާ ސަރަހައްދު ސާފުކުރުން!

ތުލުސްދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އައު ހޮސްޕިޓަލަކީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާނެ އެންމެ މުހިންމު އެއްތަނެވެ. މި ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ މަސައްކަތުގައި އެ  ރަށުގެ ސްޓެލްކޯގެ އިންޖީނުގޭގެ ސްޓާފުން އަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ގޮތުން ކުރި މަސައްކަތުގެ ތެރޭގައި ގަސްތަށް ކޮށައި ސާފުކުރުން ހިމެނެއެވެ.

ތުލުސްދޫގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުން

މި އަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. ކުޑަކުދިންނަށް ހިތްހަމަޖެހޭ އުފާވެރި މާހައުލެއް ގާއިމްކޮށް ދިނުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ އުއްމީދަކަށް ވާނެއެވެ. ތަފާތު ދުވަސްތައް އެކި ކުލައިގައި ފާހަގަކޮށްގެން ވެސް އެކުދިން ހެއްވާލައި މަޖާކޮށްލާނެ ވަގުތުކޮޅެއް ހޯދައިދީފި ނަމަ އެ ކުދިންގެ މައިންބަފައިންނަށް ހިނިތުންވުން ގެނުވާނެއެވެ.

މިގޮތުން ސްޓެލްކޯގެ ތުލުސްދޫ އިންޖީނުގޭ މުވައްޒަފުން ވަނީ އެ ރަށުގެ ކުދިން ޝައުގުވެރިކޮށް ގަޔާކުރުވާނެ އިވެންޓްތަކެއް ތައްޔާރުކޮށް ގެނެސްދީފައެވެ. ކުޑަކުދިންގެ ދުވަހާއި ދިމާކޮށް އެ ކުދިން ހެއްވާލާނެ މެސްކޮޓުތަކެއް ވެސް ވަނީ ދައްކާލާފައެވެ. އަދި މީގެ އިތުރުން އެ ކުދިންނަށް ހަދިޔާދީ ޕިކަޕްބުރު ތަކެއް ވެސް ވަނީ ބާއްވާފައެވެ. ސްޓެލްކޯ މުވައްޒަފުންގެ އިޖްތިމާއީ މިފަދަ ހަރަކާތް ތަކުން އަންގައިދެނީ އެ ކުންފުނި ރައްޔިތުންނާއި މެދު ދެކޭ ގާތްކަމާއި އެކުވެރިކަމެވެ.

ދިއްފުށީގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުން

ކުޑަކުދިންގެ ދުވަސްފާހަގަ ކުރުމުގެ ގޮތުން ދިއްފުށީ ކައުންސިލާއި، އެރަށު ސުކޫލާ، ހެލްތު ސެންޓަރުގެ އިތުރުން ދިއްފުށީ ސްޓެލްކޯ މުވައްޒަފުން ގުޅިގެން ވަނީ އެ ރަށުގައި ކުލަގަދަކޮށް ތަފާތު އިވެންޓުތަކާއި އެކީ ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައެވެ.

މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކަންކަން އިންތިޒާމުކުރިއެވެ. ކުޑަކުދިން ޝައުގުވެރިވާ ކަހަލަ ތަފާތު މަޖާ ކުޅިވަރުތައް އެދުވަހު ވަނީ ގެންގޮސްފައެވެ. އަދި ގިފްޓް ރެޕް ކޮށްފައިވާ ހަދިޔާތައް ވަނީ އެ ކުދިންނަށް ބަހާފައެވެ. 

]]>
Sun, 21 May 2023 22:57:49 +0500 އުރޫ
11 އަހަރަށް ފަހު އެޗްޕީއެލްއިން އަބްދުالله ރަޝީދު ރިޓަޔާރކޮށްފި https://heerasnews.com/1368 https://heerasnews.com/1368 ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްގެ ހަޔާތުގައި އެންމެ ބޮޑު އެއްރޯލެއް އަދާކުރާ ބަޔަކީ އެކުންފުންޏެއް  ނުވަތަ އެވިޔަފާރިއެއްގެ މުވަޒިފުންނޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އހަމައެހެންމެ އެ ކުންފުންޏެއްގެ ނުވަތަ އެ ވިޔަފާރިއެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ ވެސް އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒިފުންނެވެ. ކުންފުނީގައި އެތައް ދުވަހެއް ވަންދެން ހީވާގިކަމާއެކު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންގެދާ މުވައްޒިފުން ޝަރަފުވެރިކަމާއެކު މުސްކުޅިކުރުމަކީ ކޮންމެ މުއައްޒަފަކަށްވެސް ލިބޭ ފަހުރެކެވެ. ރިޓަޔަރ ކުރާ އުމުރާ ޖެހެން ދެން އެއް ކުންފުންޏެއްގައި ހިދުމަތްކުރެވުނުކަމުގެ ހިތްހަމަ ޖެހުމަކީ ކުޑައުފަލެއް ނޫނެވެ.  ޖެހޭފަހަރުވެސް މަދެއްނޫނެވެ.

ކަންމިހެން އޮތްއިރު އިހުލާސްތެރިކަމާ އުފަލާއެކު މަސައްކަތް ކުރަމުންގެންދާ މުވައްޒިފަކު އެތަނަކުން ގެއްލިގެން ދިއުމަކީ މިދެންނެވި ކުންފުނި އަދި ވިޔަފާރިތަކަށް ހިތި އަދި ފޮނި އިހުސާސްތަކެއް ކުރުވާނެ ވަގުތު ތަކެއްކަން ޔަގީނެވެ.

ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އަށްވެސް މި ފަހަރު މިވަނީ އެމުއައްސަސާގެ އެންމެ ވަފާތެރި އެއް މުވައްޒަފަކާ އަލްވަދާއު ކިޔުމުގެ ހިތި އަދި ފޮނި ތަޖުރިބާ ކުރަންޖެހިފައެވެ.

މެއިންޓެނަންސް އެސިސްޓެންޓެއްގެ ގޮތުގައި 11 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު އަބްދުالله ރަޝީދު ވަނީ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ރިޓަޔާ ކުރައްވާފައެވެ. އަބްދުالله  ފާހަގަކުރެވެނީ އޭނާގެ ޕްރޮފެޝަނަލްކަމާއި މަސައްކަތުގެ ވާޖިބަށް ސަމާލުކަން ދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ޓީމުގެ ކްރިޓިކަލް މެމްބަރެއްގެ ގޮތުގައި އަބްދުالله  މަޝްހޫރުވެފައި ވަނީ ކިތަންމެ ބޮޑު އަދި ކުޑަ ކަމެއް ނަމަވެސް ކޮންމެ މަސައްކަތެއް ވެސް އަދާކުރަން ތައްޔާރަށް ހުރި މީހެއްގެ ގޮތުގައެވެ.

ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ހާމަކުރިގޮތުގައި އަބްދުالله  ރިޓަޔަރ ވުމުން އެ ކުންފުންޏަށް އޭނާ ކޮށްދެއްވާފައިވާ ހިދުމަތްތައް ވަރަށް ބޮޑަށް ގެއްލިގެން ދާނެއެވެ. ނަމަވެސް އަބްދުاللهގެ  މަސައްކަތުގެ ލެގަސީ އެޗްޕީއެލްގައި ދެމިއޮންނާނެއެވެ. އަދިހަމަ އެހެންމެ ރިޓަޔަރމަންޓަކީ އެމީހެއްގެ ކާމިޔާބީތައް ފާހަގަކުރާ ވަގުތެއް ކަމަށާއި،  އަބްދުالله އެޗްޕީއެލްއަށް ކެނޑިނޭޅި  ކޮއްދެވި ހިދުމަތަށް އެ ކުންފުނިން ހިފެހެއްޓުމެއްނެތި ޝުކުރު އަދާ ކުރާކަމަށެވެ. މޯލްޑިވްސް ޕޯޓް ލިމިޓެޑް  އަދި ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން އެދެނީ އަބްދުالله ރަޝީދުއަށް އުފާވެރި ފާގަތި މުސްތަގުބަލަކާއި އިތުރުކުރި އެރުމެވެ.

]]>
Thu, 11 May 2023 13:56:45 +0500 އުރޫ
ގޭގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށް ހިފަނީ https://heerasnews.com/1340 https://heerasnews.com/1340 ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގެ މަޝްރޫއުގެ ދަށުން މިހާރު މިވަނީ ތެޔޮ ބޭނުންކުރާ މިންވަރު ކުޑަކުރުމައްޓަކައި ސޯލާ ޕެނަލްތައް ބޭނުން ކޮށްގެން ކަރަންޓް އުފެއްދުމު މަސައްކަތް ފަށާފައެވެ. މިގޮތުން ސްޓެލްކޯ އިންވަނީ "އަވިކަތަ" ސްކީމް މެދުވެރިކޮއް އާއްމު ފަރުދުންނަށް ސޯލާ ޕެނަލް ހަރުކުރުމަށް ފުރާޅުތައް ކުއްޔަށް ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ އެ ކުންފުނިން ތައާރަފްކުރި "އަވިކަތަ" ސްކީމަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުގެ ސިޔާސަތު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތައާރަފުކުރި ސްކީމެކެވެ. ހަރުކުރެވޭ ކޮންމެ 1 ކިލޯވޮޓްގެ ސޯލަރއަށް 180/60 ރުފިޔާގެ ކުލި ލިބޭނެއެވެ. ސޯލަރ ހަރުކުރުމަށްޓަކައި ހުރިހާ ހަރަދެއް ކުރާނީ ސްޓެލްކޯއިންނެވެ.

މިސްކީމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި ފުރާޅުގައި މަދުވެގެން 100 އަކަފޫޓު ހުރުމާއި ފުރާޅަށް ފަސޭހައިން އަވި ލިބުމާއި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލޭނެ ވަރު ހުރުން ހިމެނެއެވެ.

ސްޓެލްކޯގެ "އަވިކަތަ" ސްކީމުން ދައްކުވައިދެނީ ސަރުކާރުގެ އިއާދަކުރަނިވި ހަކަތައިގެ ތަސައްވަރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތެވެ. މި ފުރުސަތަކީ ސްޓެލްކޯއިން އިސްވެ ރައްޔިތުންނަށް ފެހި މުޖުތަމައެއް ބިނާކުރުމަށް އެ ކުންފުނިން އާއްމު ފަރުދުންނަށް ހުޅުވާލައިފައިވާ ދޮރެކެވެ.

]]>
Sun, 07 May 2023 11:51:18 +0500 އުރޫ
މައުމޫނާ ނަޝީދު އެއްބަސްވީ ފުށުއަރާތަން ހަމަޔަށް ދެބައިކުރަން https://heerasnews.com/1304 https://heerasnews.com/1304 ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަޔަށް އދ. ގެ އާންމު މަޖިލީހުން ތާއީދުކުރުމުން ރާއްޖެއާއި މޮރިޝަސްއާއިދެމެދު ކޮންމެ ގައުމަކަށް 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ކަނޑައަޅަން ޖެހޭކަމަށް އިޓްލޮސް އިން ގަބޫލު ކުރިއެވެ. މިއަދު ނިމިގެން އެދިޔައީ އެގަބޫލުކުރުމުގެ ދަށުން ފުށުއަރާ ސަރަހައްދާ މެދު ގޮތް ނިންމުމެވެ. 

ބައިނަލްއަގުވާމީ ގޮތުން ނިންމާ އެނިންމުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް މިސަރުކާރުން ދޫކޮށްލުން ކަމަށް ސިފަކޮށް ސަރުކާރުގެ ވާދަވެރިން ލާ ހަޅޭކަކީ ފުލެއް ބިތެއް މައްޗެއް ނެތް ހަޅޭކެއްކަން ކަށަވަރުވެއްޖެއެވެ. އިގުތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލު ކުރުމަށް ކުރީގެ ސަރުކާރުތަކުން އުޅެފައިވަނީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ގެ ފުށުއެރުން ހަމަޔަށް ދެބައިކުރާށެވެ.

1982 ވަނަ އަހަރު ރާއްޖެ އާއި ޗާގޮސްގެ މެދުން ބަހާލަން އިނގިރޭސި ވިލާތާ އެކު އެއްބަސްވެފައިވާ ބައްދަލުވުމެއްގެ ޔައުމިއްޔާއެއް އެބައޮތެވެ. އެޔައުމިއްޔާގައި ސޮއި ކުރައްވާފައިވަނީ މުހައްމަދު ޝިހާބުއެވެ.

އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ދެގައުމަށް ހަމަޔަށް ބަހާލުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި މޮރިޝަސްއާ އެކު އެއްބަސްވުމެއްގައި ރާއްޖޭން ސޮއިކޮށްފައި އެބައޮތެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އޭރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދެވެ. 

ފުށުއެރުން ހަމަޔަށް ބެހުމަށް ނިންމަފައިވާ ނިންމުން ބަދަލު ކުރުމުގެ ހިޔާލު އުފައްދާ އެގޮތަށް ވީހާވެސް ބޮޑުބައެއް ހޯދުމަށް މަސައްކަތް ކުރުމަށް ފެންނަ ކަމަށް ނިންމީ ޑރ. ވަޙީދުގެ ބަގަވީ ސަރުކާރުގެ ކެބިނެޓްގެ ސަބް ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި އޭރުގެ ބަންޑާރަ ނައިބު އާޒިމާ ޝުކުރާއި އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ހިމެނެއެވެ. އެ ސަބް ކޮމިޓީގެ އެ ނިންމުމާއި އެއްގޮތަށް އެދެވޭ މަސައްކަތެއް ޑރ. ވަހީދުގެ ބަގަވީ ސަރުކާރަކުން ނުކުރެއެވެ. ރައީސް ޔާމީނު ވެރިކަމުގައި ވެސް އެކަން އޮތީ އިހުމާލުކޮށްލާފައެވެ. 

ރައީސް ސޯލިހު ވެރިކަމަށް އިސްވެ ވަޑައިގަތީއްސުރެ ދޫނުދެއްވާ ހިފެހެއްޓެވީ ފުށުއަރާ ބައި ހަމަޔަށް ދެބައިކުރުމުގެ ބަދަލުގައި ވީހާވެސް ބޮޑުބައެއް ރާއްޖެއަށް ހޯދޭނެ ގޮތަކަށެވެ. މި ސަރުކާރުން އަބަދުހެން މަސައްކަތް ކުރީ އިގުތިސާދީ ސަރަހައްދުން ފުށުއަރާބައި ހަމަޔަށް ދެބައިނުކޮށް ޑރ. ވަހީދުގެ ބަގަވީ ސަރުކާރުން ކާނަލް ނާޒިމުމެން ވެސް ނިންމާފައި އޮތް ގޮތަށް ބޮޑުބައި ހޯދާށެވެ. ރާއްޖެއަށް ބޮޑުބައި ހޯދުމަށް ރާއްޖެއިން ވަކާލަތުކުރި ކުރުން ކާމިޔާބު ވެގެން އެދިޔައީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ. ރާއްޖޭގެ މަސްކަނޑު ރާއްޖޭގެ މަސްވެރިންނަށް ނުގެއްލޭ ގޮތަށެވެ.

ހަމަތެދެކެވެ. ވާދަވެރިން އެބުނާ ގޮތަށް މުޅި އެ ކަނޑު އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ގޮތުގައި ކަނޑައަޅާދޭނެ ކޯޓެއް މި އުޑުދަށަކު ނުހުންނާނެއެވެ. 

]]>
Fri, 28 Apr 2023 18:13:48 +0500 ހީރަސްނިއުސް
ވާދަވެރިންނަށް ނޭގުނު އިބޫގެ ތަރައްޤީ ފޯމިއުލާ https://heerasnews.com/1298 https://heerasnews.com/1298 2019 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއިއެކު އިގްތިޞާދީ ބޮޑު އަނދަވަޅެއްގެ ތެރެއަށް ގައުމުތައް ވެއްޓުނެވެ. 2020 ވަނަ އަހަރަކީ މި ބަލިމަޑުކަން ރާއްޖެއާއި ހަމައަށް ފޯރައި ރާއްޖޭގެ އިގްތިޞާދީ މައި މަސައްކަތް ހުއްޓުމަކަށް އައި އަހަރެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގައި އިންސާނުންގެ ފުރާނަތަށް ގެއްލިފައިވާއިރު، މިއީ އާންމު ސިއްހަތާއި ކާބޯތަކެތީގެ ނިޒާމުތަކާއި މަސައްކަތުގެ ދުނިޔެއަށް މީގެ ކުރިން ނުފެންނަ ގޮންޖެހުމެކެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ބުރޫއެރުމަކީ މީގެކުރިން ދުވަހަކުވެސް ކުރިމަތިނުލާ ފަދަ ކާރިސާއެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ވަޒީފާތައް ގެއްލި، އެތައް މިލިއަން ބައެއްގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވަނީ ވެއްޓުނެވެ.

ދިވެހިރާއްޖޭގައި ވެސް މިކަން ތަޖުރިބާ ކުރަން ޖެހުނީ މި ފަދައިންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުނިޔެ ހުއްޓުމަކަށް އައިސް، އިގްތިސާދުތައް ހީނަރުވެ، މީހުންގެ އަތްމަތި ދަތިވެ، ގިނަގުނަ ގޮންޖެހުންތައް ދިގުލައި ދިޔުމާއެކު ދިރިއުޅުން ކޮޅަށް ޖަހާ މިނިވަންކަމާއެކު ކުރިން އުޅުނު ގޮތައް އުޅެވޭނެ ދުވަހަކަށް އިންސާނުން ތިބީ ކެތްމަދުވެފައެވެ. ކޮވިޑް- 19 ގެ ސަބަބުން ދެކުނު އޭޝިއާ އިން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ އިގްތިސާދަށް ކަމަށް ވޯލްޑް ބޭންކުން އޭރުވެސް ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން މިހެން ބުނެފައި ވަނީ އެ ބޭންކުން އެކުލަވާލި “ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް: ސްޕްރިންގް 2020” ރިޕޯޓްގައެވެ. އެރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން 13- އާއި 8- އާއި ދެމެދަށް ވެއްޓޭނެއެވެ. މިހެން ކަންތައް ދިމާވާނެ މައިގަނޑު ސަބަބެއް ކަމުގައި އެ ބޭންކުން ބުނީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވުމުން ކޮވިޑް 19 އާ ގުޅިގެން އެ އިންޑަސްޓްރީ އެއްކޮށް ހުއްޓިފައި އޮތުމެވެ.

ދުނިޔޭގައި ފެތުރެމުންދިޔަ ކޮވިޑް-19 ދިވެހިރާއްޖޭގައި ވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހުރިއްޔާ ނިންމެވިއެވެ. މި ގޮތުން އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ:-

1. 2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދު ކުރެއްވުން.

2. ސަރުކާރު ބަންދު ކުރި މުއްދަތުގައި، ތިރީގައި މިވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރެއްވުން.

(ހ)  ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛

(ށ)  ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛

(ނ)  ބްރޯޑްކާސްޓިންގގެ ޚިދުމަތް؛

(ރ)  ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛

(ބ)  ބޭންކުތަކުން ދޭ ޚިދުމަތް؛

(ޅ)  ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛

(ކ)  ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛

(އ)  ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛

(ވ)  ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛

(މ)  ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛

(ފ)  ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛

(ދ)  ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛

(ތ)  އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛

(ލ)  ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛

(ގ)  ޖަލުތަކުގެ ޚިދުމަތް؛  

(ޏ)  ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛

(ސ) މޫސުމާބެހޭ ޚިދުމަތް.

3. ބަޔާންވެ ދިޔަ ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް ނެރުއްވި މުވައްޒަފުންނާއި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެދަށުން 2020 މާރިޗު 12 ވަނަ ދުވަހު އިޢުލާނު ކުރައްވައިފައިވާ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވި މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުއްވުން.

4. ސަރުކާރު ބަންދު ކުރެއްވި މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވި ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހުނު މަސައްކަތްތައް ކުރެއްވުން.

5. ސަރުކާރު ބަންދު ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން (ސޯޝަލް ޑިސްޓެންސިންގ) ތަންފީޒު ކުރުމުގެ ގޮތުން،  ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުން ހިމެނެއެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވުމާއި ގުޅިގެން އާންމު ވިޔަފާރިތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ރިލީފް ޕެކޭޖުތަކެއް ސަރުކާރުން ތައާރަފު ކުރިއެވެ. ވަޒީފާ ގެއްލުނު ފަރާތްތަކަށް ހާއްސަ އެހީ ފޯރުކޮށްދީ މުޖުތަމަޢު ހިނިތުންކޮށްލިއެވެ. މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރުމާއި އެކު ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވެސް ވަރުގަދަ ކުރެވިގެން ދިޔައެވެ. ބަލިމަޑުކަމުން ހަގީގަތުގައި އަރައިގަނެވި ހިންދަމާ ނުލެވުނު ނަމަވެސް ތަރައްގީގެ މަސައްކަތްތައް ހުއްޓުމެއްނެތި ގެންދިވީ ކުރިއަށެވެ. އަދިވެސް ދަނީ ކުރިއަށެވެ.

ކޮވިޑް19އާއި ގުޅިގެން އެންމެ ފަހުން ބަންދުކުރެވި އެންމެ ކުރިން ހުޅުވުނު ބޯޑަރަކީ ރާއްޖޭގެ ބޯޑަރެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ އިން 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު 172،536 ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ. ޓްރޭޑިން އިކޮނޮމިކްސް ގްލޯބަލް މެކްރޯ މޮޑެލްސް އަދި އެނަލިސްޓުން ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ޖީޑީޕީ 5.83 ބިލިއަން ޑޮލަރަށް އަރާނެއެވެ.

]]>
Thu, 27 Apr 2023 19:21:33 +0500 ޒުރޫ
ސްޓެލްކޯއިން 4ރަށަކަށް ޖެޓިންގ މެޝިންގ ފޮނުވަނީ https://heerasnews.com/1243 https://heerasnews.com/1243 ސްޓެލްކޯއިން ނަރުދަމާގެ ހިދުމަތްދެމުންގެންދާ ބައެއް ރަށްރަށް ޖެޓިންގ މެޝީން ފޮނުވުމުގެ މަސައްކަތް އެކުންފުނިން ކުރިއަށް އެބަގެންދެއެވެ. ޖެޓިންގ މެޝިންތައް ފޮނުވެނީ ނަރުދަމާ ނިޒާމު ބެދިގެންޖެހޭ މައްސަލަތައް އަވަސް ގޮތެއްގައި ހައްލު ކުރުމަށާއި ނަރުދަމާ ސާފު ކުރުމަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.

މި ބުރުގައި ޖެޓިންގ މެޝިން ފޮނުވަނީ ހަތަރު ރަށަކަށެވެ. ޖެޓިންގ މެޝީން ފޮނުވާ ރަށްރަށަކީ އއ. ރަސްދޫ އާއި އއ. އުކުޅަސް އާއި އދ. ހަންޏާމީދޫ އާއި އދ. އޮމަދޫއެވެ.

މި ރަށްރަށަން ޖެޓިން މެޝިން ލިބުމުން އެ ރަށްރަށުގެ ނަރުދަމާ ނިޒާމު ބެދިގެންޖެހޭ މައްސަލަތައް އަވަސްގޮތެއްގައި ހައްލު ކުރެވި ނަރުދަމާ ސާފު ކުރުމަށް ފަސޭހަވެގެންދާނެއެވެ. 

]]>
Mon, 17 Apr 2023 19:05:00 +0500 ހީރަސްނިއުސް
ސްޓެލްކޯ މުއައްޒަފުންނަށް ފަސްޓްއެއިޑް ޕްރޮގްރާމް https://heerasnews.com/1133 https://heerasnews.com/1133
މަސައްކަތުގެ މާހައިލަކީ ރައްކާތެރި އަމަން ތަނަކަށް ހެދުމަކީ ސްޓެލްކޯއިން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ. މަސައްކަތުގެ މާހައުލުގައި މުއައްޒަފުންނަށް ދިމާވެދާނެ ސިއްހީ ކުއްލި ހާލަތްތަކަށް މުވައްޒަފުން އަހުލުވެރިވެ ކުރުވުމަކީ ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒެވެ. 

ސިއްހީ ކުއްލި ހާލަތްތަކަށް މުއައްޒަފުން އަހުލުވެރިކުރުވައި ތައްޔާރުވެ ތިބުމަށް އުނގަންނައި ދިނުމުގެ ގޮތުން ސްޓެލްކޯއިން އެކިފެންވަރުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންދެއެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފަސްޓް އެއިޑް ޕޮރޮގްރާމްގެ ދަށުން މުއައްޒަފުން ފުރަތަމައެހީގެ ހާއްސަ ފަންނީ މައުލޫމާތާއި ހުނަރު ވަނީ ހޯދާފައެވެ. ވަޒީފާގެ މާހައުލުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސްޓެލްކޯ އަބަދުވެސް އަހައްމިއްޔަތުކަން ދޭކަމެކެވެ.
]]>
Tue, 14 Mar 2023 16:01:24 +0500 ހީރަސް
ސްޓެލްކޯގެ ޓެކްނިކަލް މަގާމުތަކަށް އަންހެނުންނަށް މަރުހަބާ! https://heerasnews.com/1118 https://heerasnews.com/1118 ސްޓެލްކޯގައި ޓެކްނިކަލް މަސައްކަތް ކުރަން ޝައުގުވެރިވާ ކަނބަލުން ސްޓެލްކޯގެ ޓެކްނިކަލް މަގާމުތަކަށް ކުރިމަތިލުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް އެދި ވަޑައިގެންފިއެވެ. އިނޖީނޭރުކަމަށާއި އިލެކްޓްރިޝަން ކަމަށާއި ޓެކްނީޝަނުންގެ ގޮތުގައި އިންޖީނުގޭގައި މަސައްކަތް ކުރުމަށް އަންހެނުން ކުރި މަތިލުމަށް އެމްޑީ ޝަރީފް އެދިވަޑައިގަތީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

އިނޖީނޭރުކަމަށާއި އިލެކްޓްރިޝަން ކަމަށާއި ޓެކްނީޝަނުންގެ ގޮތުގައި އިންޖީނުގޭގައި މަސައްކަތް ކުރުމަށް ކުރިމަތިލައިގެން ސްޓެލްކޯގެ ވަޒީފާއަށް ވަންނަ ކަނބަލުންނަށް އިތުރު އެލަވަންސެއް ތައާރަފް ކުރުމުގެ ވިސްނުން އޮތްކަމަށް ޝަރީފް ވިދާޅުވިއެވެ. ބޭނުމަކީ ސްޓެލްކޯގެ ހުރިހާ ދާއިރާއެއްގައި އަންހެނުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެފައިއޮތުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވި ގޮތުގައި ސްޓެލްކޯއަކީ މިވަގުތު "މޭލް ޑޮމިނެންޓް" މުއައްސަސާއެކެވެ. ސްޓެލްކޯގައި މަސައްކަތްކުރާ 1500އަށް ވުރެ ގިނަ މުއައްޒަފުން ތިބިއިރު އަންހެނުންގެ ނިސްބަތަކީ ވިއްސަކަށް ޕަސެންޓެވެ. ސްޓެލްކޯގައި އަންހެން މުއައްޒަފުން އެންމެ ގިނައީ މާލޭގައި ކަމަށާއި އަތޮޅު ތެރޭގައި އަންހެން މުއައްޒަފުން ވަރަށް މަދުކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ. ސްޓެލްކޯގައި ވަޒީފާ އަދާކުރާ އަންހެން މުއައްޒަފުން މަދުވުމުގެ މައްސަލަ ހައްލުކޮށް ހަމަހަމަ ފުރުސަތު ހޯދާދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

]]>
Thu, 09 Mar 2023 16:35:01 +0500 ހީރަސް
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ފެށުން https://heerasnews.com/1105 https://heerasnews.com/1105 އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ބަޔަކާ ހަވަލުކޮއްފިއެވެ. މީރުމާ ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރުއެވެެ. މަސައްކަތާއި ހަވާލުވި އިންޑިއާ ކުންފުނި ރެނާޓަސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ސިލްވަ ސެންދްރަމްއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ގަން އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށެވެ.

މި ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ހިންގާ ގަން އިންޓަރނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުގައި ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް އިތުރަށް ބޮޑުކޮށް ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތައް ގާއިމު ކުރުން ހިމެނެއެވެ. މުޅިން އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ވެސް ބިނާކުރެވިގެންދާނެއެވެ. ގަން އެއާރޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާއެކީ ކާގޯ ވަސީލަތްތައް ތަރައްގީކޮށް މަގުތައް ހަދައި ޕާކިންއާއި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމަ ކުރާނެއެވެ.

]]>
Sun, 05 Mar 2023 16:11:59 +0500 ހީރަސް
ސްޓެލްކޯގެ ކޮންމެ ސްޓޭޝަނެއްގައި ޓެކްނިކަލް ހެޑެއް https://heerasnews.com/1091 https://heerasnews.com/1091 މީގެ ކުރިން ސްޓެލްކޯގައި ނެތް މަގާމެއް ކަމުގައިވާ "ޓެކްނިކަލް ހެޑް" އެއް ކޮންމެ ސްޓޭޝަނެއްގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވި ގޮތުގައި އޭނާއަކީ ކޮންމެ ސްޓޭޝަނެއްގައި ހުންނަ ޓެކްނިކަލީ ސެޓިފައިޑް ޓެކްނިކަލް ސްޕަވައިޒަރެކެވެ.

އަނެއްކޮޅުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި މަސައްކަތް ކުރާ ހުރިހާ ސްޓޭޝަން މެނޭޖަރުންނަކީ ވެސް ސެޓިފައިޑް ސްޓޭޝަން މެނޭޖަރުންނަށް މި އަހަރުތެރޭގައި ހެދުމަށް ސްޓެލްކޯއިން ވަނީ ކަނޑައަޅާފައެވެ. 

ސްޓެލްކޯއާއި ޕޮލިޓެކްނިކް ގުޅިގެން މީހުން ތަމްރީން ކުރުމަށް އެއްބަސްވެ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި މިވެވުނު އެއްބަސް ވުމުގެ ދަށުން ސްޓެލްކޯގައި މަސައްކަތްކުރާ ހުރިހާ ޓެކްނީޝަނުންނަކީ ސެޓިފައިޑް ބަޔަކަށް ވެގެން ދާނެއެވެ. ސްޓެލްކޯގައި 729 އެއްހާ ޓެކްނީޝަނުން މަސައްކަތް ކުރަމުން ގެންދެއެވެ.

މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ޓާގެޓަކީ ބޭސިކް ސެޓްފިކެޓެއް ލިބިފައިނުވާ ހުރިހާ ޓެކްނީޝަނުން މިއަހަރު ނިމުމުގެ ކުރީން ފުރިހަމަ ސެޓިފައިޑް ޓެކްނީޝަނުންނަށް ހެދުމެވެ. ޓާގެޓަށް ވާސިލު ވެވޭނެ ކަމަށާއި މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ހިންގާ ތަމްރީން ކޯސްތަކުން މުވައްޒަފުންނަކީ އިލެކްޓްރިކަލީ ސެޓިފައިޑް ބަޔަކަށް ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވެއެވެ.

ސްޓެލްކޯއާއި ޕޮލިޓެކްނިކް ގުޅިގެން މީހުން ތަމްރީން ކުރުމަށް ވީ އެއްބަސްމުގެ ދަށުން ތަމްރީނު ކުރާ މުއައްޒަފުންނަށް ރާއްޖޭގެ އެމްކިއުއޭ ގަބޫލުކުރާ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. އެއީ ސެޓްފިކެޓް ލެވަލް ތިނެއްގެ ސެޓްފިކެޓެކެވެ.

]]>
Wed, 01 Mar 2023 15:09:02 +0500 ހީރަސް
ސްނާމީގެ ތަޖުރިބާ ރައީސްގެ ދޫފުޅުން https://heerasnews.com/834 https://heerasnews.com/834 26 ޑިސެމްބަރ 2004 ދުވަހު ރާއްޖެއަށް ސުނާމީ އެރި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުންނެވީ އާއިލާއާއެކު އުފަން ރަށުގައެވެ. ޅ. ހިންނަވަރު އިބްރާހީމް މުހައްމަދު ސާލިހަކީ އޭރަކު އަދި ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. ރައްޔިތުން މަޖިލިސްގެ ޅ. އަތޮޅު މެންބަރެވެ.

2004 ގެ ސްނާމީގެ އަމިއްލަފުޅު ތަޖުރިބާ ރައީސް ސާލިހު އާއްމު ތަނެއްގައި ފުރަތަމަ ފަހަރަށް ހިއްސާ ކުރެއްވީ މ. ކޮޅުފުށީގައި މިއަދު ކީރިތި ކުރައްވަމުންނެވެ.

ސްނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއްރަށް ކަމުގައިވާ މ. ކޮޅުފުށީގައި ފާހަގަ ކުރަމުންދާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އެ ދުވަހު ކުރެއްވި ތަޖުރިބާ ހިއްސާކުރެއްވީ ވަރަށް ކުރުކޮށް އެހެނަސް އަސަރާއެކުގައެވެ.

”އަޅުގަނޑުގެ އަންހެނުންނާއި ދެ ކުދިންނާއި، މުޅި އާއިލާ އެކީ ތިބީ ރަށުގައި (ހިންނަވަރުގައި). އަޅުގަނޑުގެ ދޮށީ ދަރިފުޅު 9 އަހަރުގެ ޒާރާ... އިނީ ގޭކުރިމަތީގައި އިން ގަހެއްގައި. 7 އަހަރުގެ ފިރިހެން ދަރިފުޅު އިނީ ފާރެއް މަތީގައި. މުޅި އާއިލާ ރަށުގައި. އަޅުގަނޑު ހިތުން އެ ދުވަހު ކޮޅުފުއްޓަށް ވީގޮތަކީ އަޅުގަނޑު ދުށް މަންޒަރަށްވުރެ މާ ހިތާމަވެރި ދުވަހެއް. މާ ބިރުވެރި ދުވަހެއް." ކީރިތި ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

އެވަގުތު ރައީސްގެއާއިލާ ހިންނަވަރުގައި:ދަރިކަނބަލުން (ފާރުބުރިމަތީގައ)، އަނބިކަނބަލުން (ގޯތިތެރޭ ލޮނުގަނޑުތެރޭގައި)

ލޮނުގަނޑު ރަށު ތެރެއަށް އަރައިގެން އައިސް، ގޭތެރެއަށް ވަދެ، އެ ރާޅު ފާބައިގެން ދިޔައިރުގައި މުޅި ރަށް ދޮވެލައިގެން އެ ދިޔަ ގޮތް އެއީ އެ ދުވަހު އެ ތަނުގައި ހުރި މީހަކަށް ނޫނިއްޔާ އިހުސާސް ކުރެވޭނެ ކަމެެއް ނޫނެވެ.

]]>
Mon, 26 Dec 2022 14:48:18 +0500 ހީރަސް
ރައީސް އެންމެ އިސްކަންދެއްވީ އެއްބައިވަންތަކަމަށް https://heerasnews.com/833 https://heerasnews.com/833 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އިސްކަން ދެއްވީ މުޖްތަމައުގައި ސުލްލްހަވެރިކަން ގާއިމު ކުރުމަށާއި ދިވެހިން އެއްބައިވަންތަކޮށް އެކުވެރި ކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމަށެވެ. އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން އިރު އޮތް އެންމެ އުނދަގޫ ކަމަކަށް ވެވަޑައިގަތީ ސިޔާސީ ކޯޅުންތަކުގެ ސަބަބުން މުޖްތަމައުގައި އަމާންކަމާއި ސުލްހަވެރިކަން ގެއްލިފައި އޮތް އޮތުމެވެ. އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ވަރަށް އަސަރާއި އެކުގައެވެ.

ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި އާންމުންގެ މެދުގައި ސުލްހަވެރިކަމާއި އެއްބައިވަންތަކަން ގާއިމު ކުރެވޭނީ ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި ތަފާތު ކުރުން ނައްތާލައިގެންނެވެ. ހަމަހަމަކަމާއި އެކު ހިދުމަތްތައް ފޯރުކޮށް ދީގެންނެވެ. އެހެން ނޫނީ ސުލްހަ މަސަލަސްކަން ގާއިމު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރެއްވީ މުޖްތަމައުގައި ސުލްހަވެރިކަން ގާއިމުކުރެއްވުމަށާއި ދިވެހިން އެއްބައިވަންތަ ކުރެއްވުމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީ ވެސް އެއްބައިވަންތަކަން ގާއިމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ދުވަހެކެވެ. އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެއްޓެވި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ، ވަކި ރަށެއް ތަފާތު ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ހިދުމަތެއް ފޯރުކޮށްދެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން އަސާސީ ހިދުމަތް ތަކުން މަހުރޫމްވެފައި ތިބޭތާ އެތައް އަހަރެއް ވެފައިވާތީ މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ހިދުމަތްތައް އެންމެ ފުރިހަމައަށް ގާއިމުކޮށް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

]]>
Mon, 26 Dec 2022 14:05:33 +0500 ހީރަސް
ތަފާތު ބޮޑު މޮޅެއް – މަރުހަބާ އަކްރަމް https://heerasnews.com/810 https://heerasnews.com/810 ހއ.ހދ.ށ އަތޮޅު ހިމެނޭ އެމްޑީޕީ މަތި އުތުރު ދާއިރާގެ ރައީސް ކަމުގެ މަގާމަށް އަކުރަމް ކަމާލުއްދީން އިންތިހާބު ވެވަޑައިގަތީ ބޮޑު ތަފާތަކުންނެވެ. ކުރިން އެ ދައިރާގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމަށް އިންތިހާބުވެ ވަޑައިގަތުމުން އެ މަގާމު ހުސްވުމުން އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިހާބު އޮތީ މިއަދުއެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމު ކަމާލުއްދީނާ ވާދަ ކުރެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް އާއި ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން)އެވެ.

އަކްރަމަށް ލިބިވަޑައިގަތީ 2988 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ %71 އެވެ. އާދިލު 850 ވޯޓު ހޯއްދަވައިގެން %20 ހޯއްދަވާފައި ވާއިރު ހާޝިމަށް ލިބިވަޑައިގަތީ 291 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ އެންމެ %7 އެވެ.

ލިބިވަޑައިގެން ކާމިޔާބީއާއި އެކު އަކްރަމް ވިދާޅުވީ މުސްތަގުބަލްގައި މަސައްކަތް ކުރައްވާނީ އެ ޕްރޮވިންސްގެ ރައްޔިތުންނާއި މެމްބަރުންނާއި އެންމެ ގާތުން ކަމަށެވެ. ހަމަ އެ އާއި އެކު އަކްރަމް ވޯޓްދިން ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އިންތިހާބު އަކްރަމް ކާމިޔާބު ކުރެއްވުމުން ޕާޓީގެ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން ގެންދަނީ އަކްރަމަށް ހޫނު މަރުހަބާއެއް ދަންނަވަމުންނެވެ.

]]>
Sat, 17 Dec 2022 20:14:45 +0500 ހީރަސް
ޖަޕާން އެމްބެސެޑަރ އާއި ސްޓެލްކޯ އެމްޑީ މަޝްވަރާ ބައްދަލުވުން https://heerasnews.com/794 https://heerasnews.com/794 ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ތަކޭޗީ މިޑޯރީ އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ އަހުމަދު ޝަރީފާއި ޖަޕާނު އެމްބެސެޑަރ މިިޑޯރީގެ މި ބައްދަލު ކުރެއްވުމަކީ ކަރަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލު ކުރެއް ވުމެކެވެ.  

ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ކަރަންޓް ހިދުމަތް އިތުރަށް ހަރުދަނާކޮށް ޖަޕާނާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. 

]]>
Mon, 12 Dec 2022 14:40:47 +0500 ހީރަސް
މެހުމާންދާރީން ދުނިޔޭގެ އެއްވަނަ: ދިވެހިރާއްޖެ https://heerasnews.com/788 https://heerasnews.com/788

މުޅި ދުނިޔޭން  އެންމެ މެހެމާންދާރީ ރަގަޅު ގައުމުތަކުގެ އެންމެ ކުރިއަށް ދިވެހިރާއްޖެ އަރައިފިއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ނިއުސ އެޖެންސީ ސީއެންއެން ގެ ”ދި ވޯލްޑްސް މޯސްޓް ވެލްކަމިންގ ކަންޓްރީސް އޮފް 2022” ގެ އެއްވަނައިގައި https://mbr.mv/Maldives ރާއްޖެ ހިމެނުނީ ގިނަ ކަންތައްތަކަކަށް ބަލައިގެންނެވެ. އެތެރެވުމުގެ ވިސާ ފްރީ ކިތައް ގައުމަކަށްތޯއާއި، އޮންއެރައިވަލް ވިސާއާއި، ދަތުރުކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ މިންވަރު ފަދަ މުހިންމު ގިނަ ކަންކަން ރާއްޖެއަށް ލިބުމުގައި ހިމެނިފައި ވެއެވެ. ރާއްޖެ މިވަނީ ދުނިޔޭގައި ދަތުރުކުރުމަށް އެންމެ ފަހި އަދި ރައްކާތެރި މަންޒިލުގެ 1 ވަނައިގައެވެ.

މެލޭޝިއާ ފަދަ ފަދަ ގައުމުތައް ލިސްޓުގެ 4 ވަނައިގައި އޮތް އިރު ބޫޓާން ހިމެނެނީ އެންމެ ކުޑަކޮށް ހުޅުވިފައިވާ ގައުމުތަކުގެ ލިސްޓުގައެވެ. ފަތުރުވެރިންނަށް ދަތުރުކުރަން އެންމެ އުނދަގޫ އުމުތަކުގެ ލިސްޓުގައި ހިމެނެނީ ނޯތު ކޮރެއާ، ތުރުކިމިނިސްތާން އަދި އަފްގާނިސްތާނެވެ. އެހެނަސް ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިޔާ މެހެމާންދާރީގައި ނަމޫނާ ގައުމެކެވެ. ދިވެހިންގެ މެހެމާންދާރީ ފެނި ރާއްޖެއަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އަންނަ ފަތުރުވެރިންގެ އަދަދު އެހާމެ ގިނައެވެ.

ކޯވިޑް19 އަށްފަހު 2020 ވަނަ އަހަރުގެ ޖުލައިމަހު ރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލުމާއިއެކު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ އަންނަމުންނެވެ. މިހާތަނަށް ރާއްޖެއަށް 1.53 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ރާއްޖެއިން ޖެހިޖެހިގެން 3 ފަހަރު ވަނީ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން“ އެވޯޑް ހާސިލްކޮށްފައެވެ.

ރާއްޖޭގެ ތާރީހުގައި ފަތުރުވެރިކަމަށް މިވަރު ބޮޑު ޝަރަފެއް މީގެ ކުރިއަކުން ލިބިފައެއް ނުވެއެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގައި ރާއްޖެއަށް ކުރިއެރުންތައް ލިބެމުން މި ދަނީ އެއް ރޮނގަކުން ދެ ރޮނގަކުން ނޫނެވެ.

]]>
Sat, 10 Dec 2022 22:27:09 +0500 ހީރަސް
ސްޓެލްކޯގައި ހުރަވީގެ 231 ދަރިވަރުން ކުރީކީއް! https://heerasnews.com/772 https://heerasnews.com/772

ކިޔަވާ ކުދިން މަސައްކަތުގެ ވެއްޓަށް އަހުލުވެރި ކުރުމަކީ ސްޓެލްކޯއިން ހާއްސަ އިސްކަމެއް ދޭކަމެކެވެ. މަސައްކަތުގެ އަހުލާގު އަށަގެންފައިވާ މުޖުތަމައެއް ބިނާ ކުރުމަށް ކެނޑިނޭޅި ސްޓެެލްކޯއިން މަސައްކަތް ކުރެއެވެ. ސްޓެލްކޯއަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު މުއައްޒަފުން ވަޒީފާގައި ދެމިތިބޭ އެއް ކުންފުންޏެވެ. އަނެއްކޮޅުން ސްޓެލްކޯއަކީ މަސައްކަތް ކުރާވެށީގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމުގައި ނަމޫނާ އެއް ކުންފުންޏެވެ. 

ސްޓެލްކޯ ފަދަ ރޭވުންތެރި ހިންގުންތެރި ކުންފުންޏެއްގެ މަސައްކަތް ހިނގާގޮތް ކިޔަވާ ކުދިންނަށް ފެނި ތަޖުރިބާ ކުރެވުމަކީ އެ ކުދިންގެ ސިނކުނޑިތައް ހުޅުވިގެން ދާނެ ކަމެކެވެ. މަސައްކަތުގެ ވައްޓަފާޅި އެނގިގެން ދާނެ ކަމެކެވެ.

މަސައްކަތުގެ މާހައުލުގައި ރައްކާތެރި ކަމުގެ މުހިންމުކަން ކުދިންނަށް އިހުސާސް ކުރެވޭނެ ކަމެކެވެ. އަމިއްލަ ނަފްސާއި އެނޫން މީހުނާއި މާހައުލުގެ ސަލާމަތާ ރައްކާތެރިކަމަކީ އެންމެ ފުރަތަމަ ކަންތައްކަން ކޮންމެ ކުއްޖަކަށްވެސް ވަޒަން ކުރެވިގެން ދާނެކަމެކެވެ.

އެންމެ ކުދިކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމާއި ހަމައަށް ސްޓެލްކޯ ފަދަ ކުންފުންޏެއް ހިނގާ ގޮތް ދަރިވަރުންނަށް އެނގި ފެނި ދިއުމަކީ ކުއްޖަކު ކިޔަވާ ނިމިގެން ދިރިއުޅުމުގެ މައިދާނަށް ނިކުތުމަށް ދިއްލާލެވޭ އަލި ގަދަ ބޮތްކެކެވެ. ސްކޫލު ވެއްޓާއި ގޭތެރެއާއި އާއްމު ތަންތާ ކުދިން އުޅޭ އިރު ކަރަންޓާ މެދު ރައްކާތެރި ވުމަށާއި ސަމާލުވެ ހަކަތަ އިސްރާފު ނުކުރުމަށް ހޭލުންތެރި ދަރިވަރުން ތަކެއް އުފެދުމަކީ ވަކީން ބޮޑު މަންފާއެކެވެ.

ހުޅުމާލޭ ހުރަވީ ސުކޫލްގެ 231 ދަރިވަރަކު އާދީއްތަ ދުވަހު ޒިޔާރަތްކޮށް މައުލޫމާތު ހޯދި ހޯދުމަކީ އެކުދިންގެ މުސްތަގުބަލަށް ކުރިއަށް އެޅި ހެޔޮ ފިޔަވަޅެކެވެ. ހުރަވީ ދަރިވަރުން  ސްޓެލްކޯ ހެޑް އޮފީހަށް ކުރި ޒިޔާރަތުގައި އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ދާގޮތް ގާތުން ދެކެފިއެވެ. މާލޭ އިންޖީނުގެ ދެކިލުމަކީ އެ ކުދިން ކުރި އާދަޔާ ހިލާފު ތަޖުރިބާއެކެވެ.

ސްޓެލްކޯ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ސްޓެލްކޯ ހިންގެވުމުގައި ވެސް ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވައެވެ. ސްޓެލްކޯއަކީ ހަމައެކަނި ކަރަންޓް ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވުމުގައި އެ އުޅުއްވަނީ އަވަދި ނެތިއެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަމަހަމަ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި ރެއެއް ދުވާލެއް ޝަރީފް ނުބައްލަވައެވެ.

]]>
Mon, 05 Dec 2022 15:32:08 +0500 ހީރަސް
އެސްޓީއޯ ޕްރޮޖެކްޓަރުން ވޯލްޑްކަޕް ފޯރި https://heerasnews.com/749 https://heerasnews.com/749 އެސްޓީއޯގެ ކަސްޓަމަރުންނަށް އުފާލާ ހިތްހަމަޖެހުން ހުރިހާ ދާއިރާއެއްގައި ވެސް ހޯދާ ދިނުމަކީ އެސްޓީއޯ ވަރަށް އިސްކަންދޭ ކަމެކެވެ. ބުރަ މަސައްކަތުގައި އަވަދި ނެތި އުޅޭ ހީވާގި ކަސްޓަމަރުންގެ ހިތުގެ ހަމަޖެހުމަކީ އެސްޓީއޯގެ ހަމަޖެހުމެވެ. އެސްޓީއޯއަށް ލިބޭ އެންމެ ބޮޑު ކާމިޔާބީއެވެ. މި ދުވަސްވަރަކީ ވޯލްޑްކަޕް ފީވަރ ގެ މޫސުމެވެ. ކިތަންމެ އަވަދިނެތި އުޅުނަސް ވޯލްޑް ކަޕްގެ މެޗެއް ދޫކޮށްލުމަކީ އެއްވެސް ކަސްޓަމަރަކަށް ހިތް ހަމަ ޖެހުން ލިބޭނެ ކަމެއް ނޫންކަން އެސްޓީއޯ ރަނގަޅަށް ދަނެއެވެ. އަމްދުންް ބޮޑު އިސްކްރީނުގައި ވޯލްޑްކަޕް މެޗެއް ބަލައިލުމުން ކަސްޓަމަރަށް އެ ލިބިގެންދާ އުފަލާއި ހިތް ހަމަޖެހުން އެސްޓީއޯއިން ވަޒަން ކުރެވެއެވެ.

މުއައްޒަފުންނާއި ކަސްޓަމަރުންގެ މަސައްކަތުގެ ރޭޓް މަތިކޮށް އުފެއްދުންތެރި މުޖުތަމައެއް ބިނާ ކުރެވޭނީ އުޅޭ މާހައުލަކީ ހިތްހަމަ ޖެހޭ އުފާވެރި މާހައުލެއް ކަމުގައި ވެގެންކަން އެސްޓީއޯ ނިކަން ރަނގަޅަށް ދަނެއެވެ. އެހެން ކަމުން ހިނގަމުންދާ ވޯލްޑް ކަޕްގެ ފޯރި އިތުރުކޮށް ރޫހު އުފެއްދުމުގައި އެސްޓީއޯގެ ބައިވެރިވުން ވަރަށް ބޮޑެވެ.

ފީފާ ވޯލްޑްކަޕް ގަތަރު 2020 އަކީ ރާއްޖޭގައި ފުޓްބޯޅައިގެ ޖޯޝް ހުރި ގިނަ ބަޔަކު ހިތް ހަމަޖެހިލައިގެން ތިބެ ބަލާލެވޭނެ މުބާރާތަކަށް ހެދުމަށް އެސްޓީއޯއިން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ވޯލްޑްކަޕް މެޗްތައް ބޮޑު އިސްކްރީނުން ބަލާލުމަށް އެސްޓީއޯ އިން ދެމުން ގެންދަނީ އާދަޔާ ހިލާފު ބޮޑު އެހީތެރި ކަމެވެ. ކަލަބް ތަކާއި ޖަމްއިއްޔާތަކާއި ކައުންސިލްތައް މެދުވެރިކޮށް ގިނަ ބަޔަކު އެއް ތަނަކަށް އެއްވެލައިގެން ތިބެ ވޯލްޑްކަޕް ބަލާލުމަށް އެސްޓީއޯއިން ޕްރޮޖެކްޓަރ ފޯރުކޮށް ދިނުމަކީ ވޯލްޑްކަޕްގެ ފޯރި އެތައް ގުނައަކަށް އިތުރު ވެގެންދާ ކަމެކެވެ.

ހީވާގި ކަސްޓަމަރުން އަވަތިނެތި އުޅޭ އުޅުމުގައި ވޯލްޑްކަޕްގެ މެޗްތައް ހިތްހަމަ ޖެހިގެން ބަލައިލުމަށް ޕްރޮޖެކްޓަރ ވަރަށް މުހިންމެވެ. ހުރިހާ ވަގުތެއްގައި ވެސް މުއައްޒަފުންނާއި ކަސްޓަމަރުންނަށް އުފާވެރި ވަގުތު ކޮޅެއް ހޯދާ ދިނުމަށް ތަފާތެއް ނުކޮށް އެސްޓީއޯއިން ސަމާލުކަންދޭ މިންވަރު ވަރަށް ރަނގަޅަށް މިކަންކަމުން ވަޒަން ކުރެވެއެވެ.    

]]>
Mon, 28 Nov 2022 16:37:43 +0500 ހީރަސް
ހެޔޮވެރިކަން: ރައީސް ސްޓެލްކޯ ޗައިލްޑްކެއަރއަށް ވަޑައިގަތުން https://heerasnews.com/690 https://heerasnews.com/690 ދައުލަތުގެ މުއައްސަސާ ތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ގާއިމު ކުރުމަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އެއްބައެވެ. ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. އޮފީސް ތަކުގައި  ޑޭކެއާގެ ހިދުމަތް ފޯރުކޮށް ދެވޭނެ ގޮތަށް ވަޒީފާ އަދާކުރާ މާހައުލު ބިނާ ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަމާޒެކެވެ. ރައީސްގެ އެ އަމާޒަށް ވާސިލުވުމަށް އެންމެ ފުރަތަމަ އިސްނެގި ކުންފުންޏަކީ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ)އެވެ.

ސްޓެލްކޯގެ މި އިސްނެގުމަކީ މުއައްޒަފުންގެ ކަންކަމަށް ސްޓެލްކޯއިން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ. ރައިީސް އެދިވަޑައިގެން ފެންވަރުގެ ޗައިލްޑްކެއަރ ސެންޓަރެއް ސްޓެލްކޯގައި ގައިމުކޮށް އެތަނުން ހިދުމަތްދޭން މިހާރު އެވަނީ ފަށާފައެވެ. ސްޓެލްކޯގެ މުއައްޒަފުން ވަޒީފާ އަދާކުރާ ގަޑީގައި ކުދިންނާ މެދު ފިކުރުކޮށް އެކުދިންނަށް ވާނުވާ ނޭނގިގެން މިހާރަކު އުޅޭކަށް ނުޖެހޭނެއެވެ. ކޮންމެ މުއައްޒަފަކުވެސް އެމީހެއްގެ ދަރިފުޅަށް ޗައިލްޑްކެއަރގެ ރައްކާތެރިކަމާ ލޯތްބާ ހޯދާދީގެން ދަރިފުޅާއެކު ވަޒީފާ އަދާކުރެވޭނެ މާހައުލެއް އެއޮތީ ފަހިވެފައެވެ.

ސްޓެލްކޯގެ ތަޖުރިބާކާރު މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު އެހުންނެވީ މުއައްޒަފުންނަށް ފާގަތިކަމާ އުފާވެރިކަން ހޯއްދަވާ ދެއްވުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވުމަށް އަތުކުރި އޮޅުއްވައިގެންނެވެ. މުއައްޒަފުންނަށް ފަހި ގޮތްތައް ހޯއްދަވާ ދެއްވަމުން މުއައްޒަފުންގެ ކިބައިން އެމްޑީ އެދި ވަޑައިގަންނަވަނީ އެންމެ ކަމަކުއެވެ. ރައްޔިތުންނަށް ސްޓެލްކޯއިން ފެންވަރުހުރި ލުއި އަވަސް ހިދުމަތެއް ދިނުމަށެވެ.

ސްޓެލްކޯގައި ގާއިމު ކުރެވުނު ޗައިލްޑްކެއަރ ސެންޓަރ ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެ ސެންޓަރަށް ވަޑައިގަތް ވަޑައިގަތުމުން ސްޓެލްކޯއިން މުއައްޒަފުންގެ ލާބައަށް ކުރާ ކަންކަން ސަރުކާރުން ބަލައިގެންފިކަން ކަށަވަރުވެއްޖެއެވެ. ރައީސްގެ އަމާޒު ހިއްޕަވާފައިވާ ކަންކަން ސްޓެލްކޯއިން ފާހަގަކޮށް ރައީސް ސާލިހުގެ ހެޔޮވެރިކަން ދެމެހެއްޓުމުގައި މުޅި ސްޓެލްކޯ އޮތްކަން ސާބިތުވެގެން ދެއެވެ.

]]>
Sun, 13 Nov 2022 13:48:30 +0500 ހީރަސް
ހެޔޮވެރިކަން: ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރ ހުޅުވުން https://heerasnews.com/672 https://heerasnews.com/672 ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮކަން މިހުރެ ދަނީ ފެންނަމުންނެވެ. ވަޒީފާގެ މަހައުލުގައި މުއައްޒަފުން އުޅޭ އިރު މުއައްޒަފުންގެ ތުއްތު ދަރިފުޅުގެ ހަބަރެއް ބަލާނުލެވި ހާސްކަމުގެ ތެރޭގައި ވަޒީފާ އަދާކުރަމުން ދިޔަ މުއައްޒަފުންގެ ހާސްކަން ފިލުވައިދީ މަސައްކަތުގެ މާހައުލަކީ އުޅޭ ހިތުން އުޅޭ ތަނަކަށް ކޮންމެ މުއައްޒަފަކަށް ވެސް ހަދާ ދިނުމަކީ ހެޔޮވެރި ކަމުގެ އެއް ބައެވެ.

މުއައްޒަފުން ވަޒީފާ އަދަކުރާ މާހައުލުގައި އެ މުއައްޒަފުންގެ ތުއްތު ދަރިފުޅަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށް ދެއްވުމަކީ ރައީސްގެ ދުރު ވިސްނުން ފުޅުން ހިއްޕަވާފައިވާ އަމާޒެކެވެ. 

ރައީސްގެ އެ އަމާޒު ހާސިލް ކޮށްދެއްވުމުގައި ސްޓެލްކޯ މިއަދު ކުރި ހޯދައިފިއެވެ. ސަރުކާރުގެ ކުންފުންޏެއްގައި ފުރަތަމަ ޗައިލްޑް ކެއަރ ސެންޓަރެއް ގާއިމު ކުރުމުގެ ޝަރަފު މިއަދު ސްޓެލްކޯއިން ހޯދައިފިއެވެ. ސްޓެލްކޯގެ މި އިސްނެގުމަކީ ދައުލަތާއި ސަރުކާރާއި އަމިއްލަ ހުރިހާ ފަރާތަކަށް ފެނިގެން ދިޔަ ނަމޫނާއެކެވެ. ސްޓެލްކޯގެ މެނޭޖްމަންޓްއިން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރު ކުރާ މާހައުލެއް ހޯދާދީފިއެވެ. 

ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރ ހުޅުވައިދެއްވީ ސްޓެލްކޯގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުހައްމަދު ދީދީއެވެ. 

ސްޓެލްކޯއަކީ ހިދުމަތްތެރި ރައްކާތެރި މާހައުލަކަށް ހެދުމަށް މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ރެއާއި ދުވަލު ކުރައްވާ މަސައްކަތްޕުޅު ތަކުގެ ނަތީޖާ މި ދަނީ ފެންނަ މުންނެވެ. ޗައިލްޑް ކެއަރ ސެންޓަރު ހުޅުވުމަށް ފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުން ވެސް އެކަން އިތުރަށް ސާބިތު ވެގެން ދެއެވެ.

އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި ޗައިލްޑް ކެއަރ ސެންޓަރއަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެކެވެ. އެ ހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަން ވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ. ރައްޔިތުންނަށް މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތް ދިނުމަށް މުވައްޒަފުންގެ ކިބައިން ޝަރީފް އެދި ވަޑައިގަތެވެ.

  • ޗައިލްޑް ކެއަރ ސެންޓަރުގައި ިހދުމަތްދެވޭ އުމުރުފުރާ: 5 އަހަރާއި 10 އަހަރާއި ދެމެދު
  • ހުޅުވިފައި ހުންނަ ގަޑި: ސަރުކާރުގެ ރަސްމީ މަސައްކަތް ކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން  ހަވީރު 4:00އަށް. 

ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުގައި ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ގާބިލް، ކުދިން ގެންގުޅުމުގެ ހުނަރު ހުރި މުވައްޒަފުންނެވެ. ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށް ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުން އިސްކަން ދޭނެއެވެ. 

]]>
Wed, 09 Nov 2022 16:36:49 +0500 ހީރަސް
ހެޔޮވެރިކަން: ސްޓެލްކޯ ޗައިލްޑް ކެއަރގެ ނަމޫނާ https://heerasnews.com/655 https://heerasnews.com/655 މުވައްޒަފުންނަށް ހާއްސަކޮށްގެން ސްޓެލްކޯ އިން ޗައިލްޑް ކެއަރ ސެންޓަރެއް ގާއިމް ކުރަމުން އެބަ ގެންދެއެވެ. ވަޒީފާ އަށް ނުކުންނަ މައިބަފައިންނަށް އެ މީހުންގެ ކުދިން ބެލެހެއްޓުމަށް ޗައިލްޑް ކެއަރ ސްޕޭސް ގާއިމުކުރާ ފުރަތަމަ މުއައްސަސާ އަކަށް ސްޓެލްކޯ ހެދުމަށް ސްޓެލްކޯގެ މެނޭޖްމަންޓުން ކާމިޔާބު މަސައްކަތްތަކެއް މިހާރު ވަނީ ކޮށްފައެވެ.

ދައުލަތުގެ މުއައްސަސާ ތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ގާއިމު ކުރުމަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އެއްބައެވެ. ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރޭގައި އަތްފޯރާފަށުގައި  ޑޭކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ތަންތަން ވުޖޫދު ކުރުން ހިމެނިފައި އޮތީ އެހެން ވެގެނެވެ.

ޑޭކެއަރގެ ހިދުމަތް ދިނުމަށް ބޭނުންވާ ޖާގަ ކަށަވަރު ކުރުމަށް އެކި އިދާރާތަކާ އެކުގައި ގިނަ މަޝްވަރާތަކެއް ޖެންޑަރ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއެކު ބޭއްވުނު ބައްދަލުވުންތަކު ނަތީޖާ މިހާރު މި ދަނީ ފެންނަމުންނެވެ.  

ސްޓެލްކޯ އެ ކަމުގައި މި ވަނީ އިސް ނަގާފައެވެ. ސްޓެލްކޯއިން މި އަހަރު މިސާލު ދައްކާނެކަން ވަނީ ކަށަވަރުކޮށް ދީފައެވެ. ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވޭ އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ގާއިމު ކުރުމުގެ ކޮންސެޕްޓްގެ ދަށުން ސްޓެލްކޯގައި މުއައްޒަފުން ވަޒީފާ އަދާކުރާ ގަޑީގައި މުއައްޒަފުންގެ ކުދިން ބެލުމުގެ އިންތިޒާމް ސްޓެލްކޯގައި ހަމަ ޖެހިގެން ދިޔުމަކީ ބޮޑު ކާމިޔާބެކެވެ. ސްޓެލްކޯގެ މުއައްޒަފުންގެ މަސައްކަތުގެ ރޭޓް އެތައް ގުނައަކަށް މައްޗަށް ދާނެކަމެކެވެ. ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިވެ އަވަސް ވެގެން ދިއުމުގެ ސަބަބެކެވެ. ސްޓެލްކޯ ޗައިލްޑް ކެއަރގެ ހިދުމަތަކީ މުޅި ރާއްޖެއަށް ނަމޫނާ ހިދުމަތަކަށް ވެގެން ދާނެއެވެ.

 

ސްޓެލްކޯއަކީ މިހާރު ވެސް ވަޒީފާގައި މުއައްޒަފުން ދެމެތިބުމުގެ ރެކޯޑް އޮތް ވަރަށް ކާމިޔާބު ކުންފުންޏެކެވެ. މުއައްޒަފުން ވަޒީފާ ދެމިތިބުމުގެ ސިއްރަކީ މުއައްޒަފުންނަށް ފަހި މާހައުލެއް ސްޓެލްކޯގައި އޮތުމެވެ. މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފުގެ ލީޑަރޝިޕްގެ ދަށުން ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ނަމުނާ އިތުބާރާ ޔަގީންކަމާއެކު ދެއްކުމުގައި ސްޓެލްކޯގެ މުއައްޒަފުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.

]]>
Sat, 05 Nov 2022 02:01:51 +0500 ހީރަސް