Maldives Real Time Facts & : ތުންތުން މަތިން https://heerasnews.com/rss/category/ތުންތުންމަތިން Maldives Real Time Facts & : ތުންތުން މަތިން dv ކޮޕީރައިޓް: Heerasnews llp (P013622021) މިއަހަރުގެ އެންމެ ބޮޑު ހަނދު https://heerasnews.com/1785 https://heerasnews.com/1785 "ބްލޫ މޫން" 2023 ވަނަ އަހަރުގެ އެންމެބޮޑު ހަނދު ސަފަރު މަހުގެ 15 ވިލޭރޭ.ބްލޫ މޫން ފެންނާނީ ބުދަ ދުވަހުގެ ރޭ (އޮގަސްޓް 30) އެވެ. މޫސުން ގޯސް ނޫންނަމަ މި ހަނދު އެންމެ ބޮޑުކޮށް ފެންނާނެކަމަށް ބެލެވެނީ އިރުއޮއްސޭތާ މާގިނައިރުތަކެއް ނުވަނީސްއެވެ.

މީގެ އިތުރުން މި ބްލޫ މޫން އަކީ ސުޕަރ މޫނެކެވެ. މާނަޔަކީ ހަނދު ފެންނާނީ އާންމުކޮށް ފެންނަ ވަރަށް ވުރެ ކުޑަކޮށް ބޮޑުކޮށެވެ. ގާތްގަނޑަކަށް %7 ބޮޑު ގޮތަކަށެވެ. ހަމަ ލޮލުން މި ސައިޒުގެ ތަފާތު އެހާބޮޑަށް ފާހަގަ ނުކުރެވޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ބުދަ ދުވަހުގެ ރޭ ޕްލެނެޓް ސެޓަރން ހަނދުގެ މަތީ ކަނާތްފަރާތުގައި ގާތްގަނޑަކަށް 5 ޑިގްރީ ބައިގެ ދުރުމިނެއްގައި އޮވެގެން ހަނދު "ފޮޓޯބޮމް" ކުރާނެއެވެ

 

 

]]>
Tue, 29 Aug 2023 00:21:15 +0500 ނާއިރާ
ރެމީ އެނިގްމާ 67 ވަނަ ބުރިން ވެއްޓި މަރުވެއްޖެ https://heerasnews.com/1698 https://heerasnews.com/1698 އުސް އިމާރާތްތަކުގެ މަތިން ސްނެޕް ކުރުމަށް މަޝްހޫރު ފްރާންސްގެ ޑޭއާޑެވިލް ރެމީ ލުސިޑީ ހޮންކޮންގުގެ 721 ފޫޓު  އުސް އިމާރާތަކުން ވެއްޓި މަރުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ރެމީ އެނިގްމާ ނަމުން މަޝްހޫރު ރެމީ މަރުވެފައިވަނީ ޓްރެގަންޓާ ޓަވަރު ކޮމްޕްލެކްސް އަށް އަރަމުން ދަނިކޮށް 68 ވަނަ ފަންގިފިލާއިން ވެއްޓިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު ހޮންކޮންގުގެ ޓްރެގަންޓާ މަގުގައި ހުންނަ އުސް ރެސިޑެންޝަލް ބްލޮކްގައި ލޫސިޑީ ސްކޭލް ކުރަމުން ދަނިކޮށެވެ. އޭނާ ވަނީ ވެއްޓި ޖެހުނުގޮތަށް މަރުވެފައެވެ.

ލުސިޑީ މަޝްހޫރުވެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އުސް އިމާރާތް ތަކަށާއި ދިގު ސްޓްރަކްޗާރ ތަކަށް އަރާމީހެއްގެ ގޮތުގައެވެ. އޭނާގެ އިންސްޓަގްރާމް ޕޭޖުގައި އެކި ކަހަލަ ބިރުވެރި ސްޓަންޓްތައް ކުރާ އެތައް ވީޑިއޯއެއް ފެންނައިރު، އޭގެ ތެރޭގައި އުސް އިމާރާތް ތަކުގެ ކޮޅުގައި ހުންނަ ޗިމްނީގެ މައްޗަށް އަރާ ވީޑިއޯތައް ފާހަގަ ކޮއްލެވެއެވެ.

 

]]>
Mon, 31 Jul 2023 20:39:54 +0500 ނާއިރާ
އިންޑިއާގެ އެންމެ ނާމާން ސައިޓް: ބަންގަރް ކިއްލާ https://heerasnews.com/1184 https://heerasnews.com/1184 އިންޑިޔާގެ އެންމެ ގިނައިން ޖިންނި އުޅޭ ކިއްލާގެ ނަމުން މަޝްހޫރުވެފައިވާ ބަންގަރް ކިއްލާ ހުންނަނީ ރާޖަސްތާނުގެ އަލްވާރު ޑިސްޓްރިކްޓްގައިއެވެ. މި ކިއްލާ ބިނާ ކުރެއްވީ 17 ވަނަ ގަރުނުގައި އޭރު އެ ހިސާބުގެ ވެރިޔާ ކަމަށްވާ ރާޖާ ބަގްވަންތު ދާސްއެވެ. މި ކިއްލާގަ ނާމާން ހާދިސާތައް ގިނަ ކަމުން އިރު އޮއްސުމަށް ފަހު ޒިޔާރަތް ކުރުން މަނާކުރާ ނިޝާނެއް އިންޑިއާގެ އާކިއޮލޮޖިކަލް ސާވޭއިން ޖަހާފައިވެއެވެ.

އާންމުން ގަބޫލުކުރާ ގޮތުގައި ރާޖާ ބަގްވަންތު ދާސް މި ކިއްލާ ބިނާކުރެއްވީ އޭނާގެ ބައްޕަ ނުވަތަ ކާފަގެ ނަމުން ނަން ދެވިފައިވާ ކަމަށް ބުނާ އޭނާގެ ދޮށީ ދަރިކަލުން މަޑޯ ސިންގް އަށެވެ. މި ކިއްލާ ފަޅުވެފައިވާ ގޮތާއި މެދު ދެ ގޮތަކައް ވާހަކަ ދެކެވެމުން އާދެއެވެ.

ފުރަތަމަ ގޮތުގައި ބުނާ ގޮތުން އެ ހިސާބުގަ ދިރިއުޅެމުން ދިޔަ ޕަންޑިތަކު އޭނާގެ ގެޔަށް ކިއްލާގެ ހިޔަނި އަޅައިގެން ނުވާނޭ ބުނެފައޮއްވާ، ބަންގަރު ބިނާކޮށް ނިމުނުއިރު އޭނާގެ ގެޔައް އެ ކިއްލާގެ ހިޔަނި އެޅިފައި ވާތީ އެކަމާ ރުޅިއައިސް ބަދު ދުއާ ކުރީމާ އޭގެ ނަތީޖާއެއްގެ ގޮތުން ފަޅުވެ ނަމާންވީ ކަމަށް ބުނެވެއެވެ.

ލޯކަލް އެހެން ލެޖެންޑެއްގައި ނުނެވެނީ ސިހުރުވެރިއެއް ނުވަތަ ނުބައި ސާހިބާއެއް ކިއްލާގެ  ޕްރިންސެސް ދެކެ ލޯބިވެ، ލޯބި ހޯދުމަށްޓަކައި ތެޔޮފުޅި އަކަށް ސިހުރު ކިޔަވާފަ ދިން ވާހަކައެވެ. ނަމަވެސް ކަންދިމާވިގޮތުން ޕްރިންސެސްއަކީ ސިހުރު ހެދުން ކިޔަވާފައި ވާމީހަކައް ވީތީ އެތެޔޮފުޅި ފެނުމާ އެކު އެޔަށް ހުރީ އެއްޗެއް ކިޔަވާފައި ކަން އެގުނެވެ. ދެން އެ ތެޔޮފުޅި ބިޔަ ގާގަޑެއް (ބޮލްޑަރެއްގެ) މައްޗަށް އުކާލުމުން، އެ ސިހުރުވެރިޔާއާ ދިމާއަށް އެ ގާގަޑު ތިރިއަށް ވެއްޓި، އޭނާ ގެ ކަށިތައް ފުނޑުފުނޑުވިއެވެ. ސިހުރުވެރިޔާ އެންމެ ފަހު ނޭވާއެއް ލުމުގެ ކުރިން އޭނާ ކިއްލާއަށް ލަޢުނަތް ދިނީ ކިއްލާ ނިމޭނީ އެއްވެސް މީހަކަށް ދިރިއުޅެވޭނެ ގޮތެއް ނެތް ނާމާން ފަޅު ތަނެއްގެ ޙާލަތުގައި ވުމަށެވެ. އަދި އަދަށް ދާންދެން އެ ކިއްލާ އެހުރީ ފަޅު ނާމާން ތަނެއްގެ ގޮތުގައި މިއަދު މިއޮތް ގޮތަށް ކަމަށް ބުނެވެއެވެ.

މި ކިއްލާގައި ވަރައް ގިނަ ބިރުވެރި އެކްސިޑެންޓްތަކެއް ހިނގާފައިވއެއެވެ. މީގެން ބައެއް އެކްސިޑެންޓްގައި މީހުންގެ ފުރާނަވެސް ގޮސްފައިވެއެވެ. މިފާޑުގެ އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން އިންޑިއާގެ އާކިއޮލޮޖިކަލް ސާވޭއިން އިރުއޮއްސުމާއި އިރުއަރާ ދެމެދު ކިއްލާއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށް ނިޝާން ޖަހާފައެވެ. ނަމަވެސް ހޯންޓެޑް ފޯޓް ޕްރިމިސަސްގައި ފުރިހަމަ ރޭތަކެއް ހޭދަކުރުމަކީ މިހާރަކަށް އައިސް މާ ގިނައިން މީހުން ޝައުގުވެރިވާ އެޑްވެންޗަރެކެވެ.

]]>
Thu, 30 Mar 2023 20:57:30 +0500 ނާއިރާ