Maldives Real Time Facts & : ތައުލީމީވެށި https://heerasnews.com/rss/category/ތައުލީމީ Maldives Real Time Facts & : ތައުލީމީވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) ދޮގުހެދުމުގައި ވަޒީރުން މުއިއްޒަށް ދުލެއް ނުކުރޭ! https://heerasnews.com/2249 https://heerasnews.com/2249 ދޮގު ހެދުމުގައި މުއިއްޒުގެ ވަޒީރުން މުއިއްޒަށް އެންމެ ފުކެއްވެސް ދުލެއް ނުކުރެއެވެ. އިސްލާމީ ތާކިހާ އަޅައިގެން ހުރި ތައުލީމާ ބެހޭ ވަޒީރެއް ކަމަކު އެކަމުގައި ތަފާތެއް ނެތެވެ. 

މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާޕާޓީ ޕީއެންސީއަށް ވޯޓުހޯދަން ރަށްރަށަށް ގޮސް ހެއްދެވިހާ ދޮގު ހަދަނީ ކާކަށް އޮޅުވާލަން ހެއްޔެވެ. ވަންދޫ ރައްޔިތުންނެއް ކަމަކު ވާނުވާ ނޭނގިގެނެއް ނޫޅެއެވެ. އެންމެ ހެއްވާކަމަކީ ވަންދޫ ރައްޔިތުންގެ ވޯޓު ހޯދަން ވަންދުއަށް ގޮސް ތިބެގެން ސްރީލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމް ކިޔަވާދޭ ވާހަކަ ދެއްކުމެވެ. ވަންދޫ މީހުނަށް އެންމެ ބޮޑުވެގެން އުޅޭ ކަމަކީ ސްރީލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމް ކިޔަވާ ނުދިނުން ކަހަލައެވެ. ރާއްޖޭގެ ތައުލީމީ ވަޒީރަށް ވަންދޫގައި ދައްކަން މުހިންމުވީ އެރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށްވުރެ އެހެން ކަމެކެވެ.

ކަމެއްގެ ވާހަކަ ދައްކާއިރު ތެދު ވާހަކައެއް ދައްކާ ނަމަވެސް ރަނގަޅެވެ. ކޮންމެ ތާކު ކޮންމެ ވާހަކައެއް ދެއްކިޔަސް ބުހުތާން ދޮގުވާހަކައެއް ނޫނީ ދައްކާކަށް ނޭގެއެވެ. މުނާސަބު ނޫން ތަނެއްގައި އެޑިއުކޭޝަން މިނިސްޓަރ އެހާބޮޑު ދޮގެއް ހެދީ ދައްކާނެ އެހެން ވާހަކައެއް ނެތިގެން ބާވައެވެ. 

ކުރީ ސަރުކާރޭ ކިޔުންނޫން ކަމެއް މި ބައިގަޑަކަށް މިހާރަކު ނެތެވެ. ކަމެއް ކުރަން ނޭނގި ކަންކަން ނުކުރެވޭ ވަރަކަށް ކޮންމެ ކަމެއް ކުރީ ސަރުކާރަށް ފޫޅުކަނޑާލައިގެން ހަމަޖެއްސިދާނެ ކަމަށް ހީކޮށް ބުހުތާން ދޮގު ހެއްޖަކަސް ހަގީގަތް އޮޅިގެން އުޅޭ މީހަކު ނޫޅެއެވެ. 

މުއިއްޒު ސަރުކާރުގެ ތައުލީމީ ވަޒީރު ދޮގު ހަދައިގެން ކޮންމެ ވާހަކައެއް ދެއްކިޔަސް ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް  އަހަރު ސްރީލަންކާގައި ދިރިއުޅޭ ކުދިންނަށް ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައި ދިނުން ހުއްޓާލާފައެއް ނުވެއެވެ. މެދުކެނޑިފައެއްވެސް ނުވެއެވެ. ކޮވިޑްގެ ތެރޭގައި އޮންލައިންކޮށް ކުދިން ކިޔެވި އިރުވެސް ލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމާއި ގުރުއާން ކިޔަވާ ދިނެވެ. ކިޔަވައިދިނުން އިތުރަށް ރަނގަޅުކޮށް، ހަރުދަނާވެސް ކުރިއެވެ.

ސްރީލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރު (ސޯސަންވިލާ) ގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ބަރާބަރަށް ކިޔެވުން ކުރިއަށް ގެންދިޔައެވެ. މިދިޔަ 5 އަހަރުވެސް ސޯސަންވިލާގައި، ދިވެހި ކުދިން އެސްއެސްސީ އިމްތިހާނު ހެދިއެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. މިދިޔަ ފަސް އަހަރުވެސް އެސްއެސްސީ އިމްތިހާނުން އޭ ސްޓާރ ހޯދި ކުދިންވެސް ތިއްބެވެ. ލަންކާގެ މޯލްޑިވްސް ސެންޓަރުގައި ކިޔަވައިދޭ ދުވަސްތައް އިތުރުކޮށް، އިތުރު ކްލާސްތައް ނަގައިދިނެވެ. ކޮންމެ ހަފްތާއަކު 3 ދުވަހު، ހަވީރު 4 ން 6 އަށް ހުރިހާ ގްރޭޑް ތަކުގެ ކިޔަވައިދިނުން ބޭއްވިއެވެ.

ސްރީލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރު (ސޯސަންވިލާ)ގެ ކަންކަމާ ރައީސް ސޯލިހުގެ ސަރުކާރުގައި ހަވާލުވެ ހުންނެވި ޖައުފަރު ރަޝީދު 2023 ގެ ޑިސެމްބަރު 31 ވަނަ ދުވަހު މޯލްޑިވްސް ސެންޓަރާ ވަކިވެ ވަޑައިގެން އިރު، މޯލްޑިވްސް ސެންޓަރުގައި 198 ކުދިން ކިޔަވަމުން ގެންދެއެވެ. ދިވެއްސާއި އިސްލަމާއި ގުރުއާން ކިޔަވައި ދިނުމަށް 14 މުދައްރިސަކު ސޯސަންވިލާގައި ހިދުމަތުގައި ތިއްބެވިއެވެ. އެއީ މުޅިވެސް ދިވެހި ރައްޔިތުންނެވެ.

ޖައުފަރު ވިދާޅުވިގޮތުގައި މި އަހަރުވެސް މޯލްޑިވްސް ސެންޓަރުގެ ގްރޭޑް 10 ގައި 7 ކުދިން ކިޔަމުން އެބަ ދެއެވެ. މި އަހަރު އޮންނަ އެސްއެސްސީ އިމްތިހާނުގައިވެސް އެ ހަތް ކުދިން އިށީންނާނެއެވެ. ޖައުފަރު ސެންޓަރުން ވަކިވެވަޑައިގަތުމުގެ ކުރިން އެ ހުރިހާ ކުދިން އެސްއެސްސީގައި ބައިވެރިވުމާބެހޭ ހުރިހާ ޑޮކިއުމަންޓެއް ދިވެހިރާއްޖޭގެ ޕަބްލިކް އެގްޒަމިނޭޝަނަށް ވަނީ ފޮނުވާފައެވެ. އަމިއްލަ ގޮތުން ބައިވެރިވާ ދަރިވަރުންނާވެސްއެކު، ޖުމްލަ 12 ދަރިވަރުން ކުރިއަށް އޮތް އެސްއެސްސީ އިމްތިހާނުގައި މޯލްޑިވްސް ސެންޓަރުގައި އިށީންނާނެ ކަމަށް ޖައުފަރު ވިދާޅުވެއެވެ.

ގްރޭޑް 10 އަދި ގްރޭޑް 9 ގެ ދަރިވަރުންނަށް ހަފްތާ ބަންދު (ހޮނިހިރު، އާދީއްތަ) މި ދެ ދުވަހު ދިވެހި، އިސްލާމް އިން އިތުރު ގަޑިވެސް މުދައްރިސުން ނަގައިދެމުން ދެއެވެ. ޗުއްޓީ އާއި ރޯދަ މަހުވެސް ގްރޭޑް 10 ގެ ކުދިންނަށް ކްލާސްތައް ކުރިޔަށް ގެންދާ ކަމަށް ޖައުފަރު ވިދާޅުވެއެވެ.

ލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ގުރުއާން ޕޫލެއް ފުރަތަމަ ފަހަރަށް ތަޢާރަފް ކޮށްފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން، ސެންޓަރުގެ ނަމުގައި ދިވެހިރާއްޖެ އައިސް، މާލޭގައި އޮންނަ ގައުމީ ޤުރުއާން މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރި ވުމުގެ ފުރުސަތު ދިން ސަރުކާރަކީ ރައީސް ސޯލިހުގެ ސަރުކާރެވެ. އެއީ މިދިޔަ އަހަރު މާލޭގައި އޮތް ގައުމީ މުބާރާތެވެ. ސެންޓަރުގެ ހަތަރު ދަރިވަރަކު މުބާރާތުގައި ކިޔެވިއެވެ. އެއީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި ކުދިން ރާއްޖެ އައިސް ކިޔެވި ފުރަތަމަ ފަހަރުވެސް މެއެވެ. 

ހިތާމައަކީ ރައީސް ސޯލިހުގެ ސަރުކާރު ނިމުނު ފަހުން، ދީނަށްޓަކާ އައި މުއިއްޒު ސަރުކާރަށް ވީފަހުން އަންނަ އެންމެ ފުރަތަމަ އަންނަ ގައުމީ ޤުރުއާން މުބާރާތުގައި މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން ބައިވެރިއެއް ނުކުރެއެވެ. ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެ ނިމިއްޖެއެވެ. މިއީ މޯލްޑިވްސް ސެންޓަރުގައި ގުރުއާނަށް ދިން އަހަންމިއްޔަތަށް މި ސަރުކާރުންވީ ވަރަށް ބޮޑު އިހުމާލެކެވެ. 

ސްރީލަންކާގައި ދިވެހި، އިސްލާމް ކިޔަވައި ދިނުން ރައިސް ސޯލިހުގެ ސަރުކާރުން އޮތީ ހުއްޓާލާފައޭ، މި ސަރުކާރުން އަލުންފަށަނީއޭ ބުނެ، އެޑިއުކޭޝަން މިނިސްޓަރު މިހާ ފާޅުކަން ބޮޑު ދޮގެއް ހެދީތީ މޯލްޑިވްސް ސެންޓަރުގެ ކިޔަވައިދިނުމާއިބެހޭ އެންމެ އިސްވެރިޔާގެ ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރާއި މި ސަރުކާރުގެ ފުރަތަމަ 1 މަހާއި 13 ދުވަހުވެސް ހުރި މީހާ ހައިސިއްޔަތުން ޖައުފަރު ރަޝީދު ވަނީ މިހާރުގެ އެޑިއުކޭޝަން މިނިސްޓަރުގެ އެ ވާހަކަތައް ދޮގު ކުރައްވަފައެވެ.

ދިވެއްސާއި އިސްލާމް ކިޔަވާދިނުން ރައީސް ސޯލިހުގެ ވެރިކަމުގައި ނުހުއްޓި ކުރިއަށް ދިޔަކަން ސްރީލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުން ހެކިވާނެއެވެ. ސެންޓަރުގެ ހުރިހާ މުދައްރިސުންނާއި މުވައްޒަފުން ހެކިވާނެއެވެ. ސެންޓަރުގެ ހުރިހާ ބެލެނިވެރިންނާއި ދަރިވަރުން ހެކިވާނެއެވެ. ފަހަރުގައި ވަންދޫ ބަޔަކަށް އެކަން އޮޅުވާލެވިދާނެއެވެ.

ހަމައެކަނި ލަންކާ އެއް ނޫނެވެ. މެލޭޝިޔާގައިވެސް ދިވެހި، އިސްލާމް ކިޔަވައި ދެއެވެ. މެލޭޝިޔާގައި ތިބޭ ކުދިންނަށް އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދެެއްވީވެސް ރައީސް ސޯލިހުގެ ސަރުކާރުންނެވެ. ވީމާ މިހާ ބޮޑު ދޮގެއް ހެދީތީ އެޑިއުކޭޝަން މިނިސްޓަރު މައާފަށްވެސް އެދެން ޖެހެއެވެ. މިނިސްޓަރުގެ މި ދޮގު ވާހަކަ ތަކަކީ ލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރާއި މެލޭޝިއާގައި ކިޔަވައި ދެއްވަމުން އަންނަ މުދައްރިސުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނަށްވެސް ކުރެއްވި މަލާމާތެކެވެ. ދޮގު އިލްޒާމެކެވެ.

]]>
Fri, 09 Feb 2024 11:33:12 +0500 ހީރަސްނިއުސް
ސްޓެލްކޯގެ ޓްރައނަރސް ޓްރެއިނިންގ ޕްރޮގްރާމް https://heerasnews.com/1721 https://heerasnews.com/1721 ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގައި މުއައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ. މުވައްޒަފުންގެ އިލްމާއި ހުނަރު ހުރި ދާއިރާތަކުން އެ މުވައްޒަފުން މެދުވެރިކޮށް އެތާނގެ މުއައްޒަފުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުމަކީވެސް ސްޓެލްކޯއިން ކުރާ ކަމެކެވެ. 

ސްޓެލްކޯގައި މުވައްޒަފުންގެ އިލްމާއި ހުނަރު ހުރި ދާއިރާތަކުން އެ މުވައްޒަފުން މެދުވެރިކޮށް އެހެން މުވައްޒަފުން ތަމްރީނު ކުރުމަށާއި، ކުންފުނީގެ އެތެރޭގައި އެކި ދާއިރާތަކުން ތަމްރީނު ދެވޭނެ ޓްރެއިނަރުންގެ ޕޫލެއް ގާއިމް ކުރުމަށް ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މުއައްޒަފުންގެ ތެރެއިން މުއައްޒަފުން ތަމްރީނުކުރުމަށް ބޭއްވި ޓްރެއިން ދަ ޓްރެއިނާ ޕްރޮގްރާމްއެއް ސްޓެލްކޯއިން ހިންގައިފިއެވެ. 

ޓްރެއިން ދަ ޓްރެއިނާ ޕްރޮގްރާމްގެ ބައިވެރިންނަށާއި އެކުންފުނިން ބޭއްވި ފިޑިކް ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ލިއުން ވަނީ މިހާރު ދީފައެވެ.

 

]]>
Tue, 08 Aug 2023 16:55:00 +0500 ނާއިރާ
އެމްޕީއެލްއިން ކޮންމެ އަހަރަކު 6 ސްކޮލަރޝިޕް https://heerasnews.com/1661 https://heerasnews.com/1661

އެމްޕީއެލްއިން ކޮންމެ އަހަރަކު ހަ ދަރިވަރުންނަށް ސްކޮލަރޝިޕް ދެވޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. އެމްޕީއެލް އިން ސްކޯލަރޝިޕް ދެނީ ހުނަރުވެރި ފަންނީ މީހުން ބިނާކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ސްކޮލަރޝިޕަށް އިއުލާންކޮށް، ކުދިންގެ ސިލެކްޓް ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސް އެކުދިންގެ އެޕްލިކޭޝަންތައް އެލޮކޭޓް ކުރުމުގެ މަސައްކަތް ކުރާނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. މިނިސްޓްރީގައި އޮންނަ ޕްރޮސެސިންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ޚަރަދުކުރާނީ އެމްޕީއެލުންނެވެ. 

މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. މިހާރުވެސް ބައެއް ދަރިވަރުން ކިޔަވަން ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށާއި ކިޔަވާ ނިމުމުން ޕޯޓްސްގައި މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވެއެވެ.

ތަފްސީލު ދެއްވަމުން ޝާހިދުވިދާޅުވެފައިވަނީ، ސްކޮލަރޝިޕަށް އިއުލާން ކުރުމާއި، ކުދިންގެ ސިލެކްޓް ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުމާއި އެ ކުދިންގެ އެޕްލިކޭޝަންތައް އެލޮކޭޓް ކުރުމުގެ މަސައްކަތް ކުރާނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ސިލެކްޝަން ޕްރޮސެސްއެއް އެބަ އޮންނަކަމަށާއި، އެ ޕްރޮސެސްގެ ތެރެއިން ދިޔައިމާ އެފިޝެންޓްކޮށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޕީއެލްއިން ދެކެއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއެކު މި މަސައްކަތް ފެށީ ގިނަ ކުދިންނަށް ރީޗްވެވޭނެ ކަމަށް ބެލެވޭތީ ކަމަށް ވެއެވެ.

މައިގަނޑު ބޭނުމަކީ ޕޯޓާ ގުޅުންހުރި އިންޖިނިއަރިން އާއި މެރިން ނޯޓިކަލް ސަރވިސަސް އާއި އައިޓީ އާއި ފައިނޭންސް އާއި ޕޯޓްސް މެނޭޖްމަންޓް ފަދަ ފޯޓާ ގުޅުންހުރި މުހިންމު ދާއިރާ ތަކަށް ހާއްސަކޮށް ޒުވާނުން ބިނާ ކުރުމެވެ. ޒުވާނުން ކިޔަވާ ނިމިގެން ޕޯޓުގަ މަސައްކަތްކޮށް، ޕޯޓުގެ ދާއިރާއިން ކުރިއަށް ގެންދެވޭނެ ބަޔަކަށް ހެދުމަކީ މި ޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު ބޭނުން ކަމަށް ޝާހިދު އަލީ ވިދާޅުވިއެވެ. 

]]>
Sat, 22 Jul 2023 14:51:14 +0500 ހީރަސްނިއުސް
މަތީ ތަޢުލީމްގެ ފުރުސަތު އެމްޕީއެލްގެ މުވައްޒަފުންނަށް https://heerasnews.com/1604 https://heerasnews.com/1604 މައި ކެމްޕަސް މެލޭޝިއާގެ ޖޮހޯރުގައި ހުންނަ ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލޭޖް (އެންއެމްޔޫސީ) އިން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ފައުންޑޭޝަން އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރަސަތު އެމްޕީއެލް އިން ފަހިކޮށްދީފިއެވެ. ހަމަ އެއައި އެކު ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް އެމްޕީއެލުން ހޯދާދީފިއެވެ. ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖް (އެންއެމްޔޫސީ) އަކީ މެރިޓައިމްގެ އެކި ދާއިރާތަކުގެ ތަޢުލީމާއި ތަމްރީނު އަދި ކޮންސަލްޓަންސީ ފޯރުކޮށްދޭ މެލޭޝިއާގެ ޔުނިވަރސިޓީއެކެވެ. 

އެމްޕީއެލް މުއައްޒަފުންނަށް އެފުރުސަތު ހޯދާ ދިނީ މެލޭޝިއާގެ "ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖް" (އެން.އެމް.ޔޫ.ސީ)އާއެކު އެމްޕީއެލް އިން އެމްއޯޔޫއެއްގައި ސޮއިކޮށްގެންނެވެ. އެމްއޯޔޫގައި ސޮއިކުރުން އޮތީ އެމްޕީއެލް ހެޑް އޮފީހުގައި މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ އެންއެމްޔޫސީގެ ފަރާތުން އެ ޔުނިވަރސިޓީގެ އެގްޒެކުޓިވް ޗެއާމަން ޑަޓޯ ކެޕްޓަން ރަޒާލީ ޔާކޮބް އާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީއެވެ.

"ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަހަރުވެސް ލިބިގެންދާނެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ފޯރުކޮށްދޭނެ. މީހުން ބިނާކުރުމާއި މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާގެ ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް މިއީ،" ޝާހިދު އަލީ 

އެމް.ޕީ.އެލްގެ ސީއީއޯ ޝާހިދު ވިދާޅުވާ ގޮތުގައި މި އެމްއޯޔޫ އަކީ މެރިޓައިމް ޕޯޓުގެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމްޕީއެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އެންއެމްޔޫސީގެ ޗެއަރމަން ޑާޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއީ ބަދަހި ގުޅުމެއްގެ ފެށުން ކަމަށެވެ. 

 "މެލޭޝިއާގައި އެބަހުރި ވަރަށް ފެންވަރު ރަނގަޅު ޕޯޓުތައް. ޕޯޓްގެ ދާއިރާގައި އަޅުގަނޑުމެންނަށް ލިބިފައިވާ އަމަލީ ތަޖުރިބާގެ އިތުރުން، ޔުނިވަރސިޓީ އިން ތަޢުލީމް ހާސިލްކުރާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާތައް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ދެ ފަރާތުން ގުޅިގެން، ދެ ފަރާތަށްވެސް ފައިދާކުރާނެ މަސައްކަތްތަކެއްކުރުން،" ޑަޓޯ ކެޕްޓަން ރަޒާލީ 

މީހުން ބިނާކުރުމާއި ތަޢުލީމާއި ތަމްރީނު ދިނުމުގެ ދާއިރާތަކުން ކޮންސަލްޓަންސީގެ ބައެއް މަސައްކަތްތައް ވެސް މިއެއްބަސް ވުމުގެދަށުން ކުރިއަށް ގެންދާނެއެވެ. މި އެމް.އޯ.ޔޫގެ ދަށުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ތަޢުލީމުގެ އިތުރުން މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެއެވެ. 

]]>
Sat, 08 Jul 2023 10:44:10 +0500 ހީރަސްނިއުސް
އެމްޕީއެލް އިންޓާރންޝިޕް ޕްރޮގްރާމަށް 200 އެޕްލިކޭޝަން https://heerasnews.com/1603 https://heerasnews.com/1603

ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހިންގާ އިންޓާރންޝިޕް ޕްރޮގްރާމަށް މި އަހަރުވެސް ބޮޑު ތަރުހީބެއް ލިބިގެން ހިނގައްޖެއެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހިންގާ އިންޓާރންޝިޕް ޕްރޮގްރާމްގެ ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރި ކުރުވުމެވެ. ޕޯޓުގައި ކުރާ މަސައްކަތްތަކަށް ބައިވެރިން އަހުލުވެރި ކުރުވުމަކީވެސް އިންޓާރންޝިޕް ޕްރޮގްރާމް ހިންގުމުގެ ބޭނުމެކެވެ. 

އެމްޕީއެލް އިންޓާރންޝިޕްގައި ބައިވެރިވުމަށް 200 އަށް ވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މިއަދަދަކީ މިދިޔަ އަހަރު އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހެޅި އަދަދަށް ވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހިންގާ އިންޓާރންޝިޕް ޕްރޮގްރާމް ހިންގަނީ އެމްޕީއެލްގެ ލާރނިން އެންޑް ޑިވެލޮޕްމަންޓް (އެލްޑީޑީ) ޑިޕާޓްމަންޓް އިންނެވެ. އެމްޕީއެލް އިންޓާރންޝިޕް ޕްރޮގްރާމްގެ ބައެއް ދާއިރާތަކުން ކުރިއަށްވުރެ ޖާގަ އިތުރުކޮށް ގިނަ ފަރާތްތަކަކަށްށް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އެމްޕީއެލް އިންޓާރންޝިޕް ޕްރޮގްރާމްގައި މިއަހަރު ހިމެނޭ ދާއިރާ ތަކަކީ:- 

  • އިލެކްޓްރިކަލް އިންޖީނިއަރިންގ
  • މެކޭނިކަލް އިންޖީނިއަރިންގ
  • މެރިން އިންޖީނިއަރިންގ
  • ސިވިލް އިންޖީނިއަރިންގ (އޮޓޯކެޑް ޑްރޯވިންގ)
  • ސިވިލްއިންޖީނިއަރިންގ (އޮޓޯ ލެވެލް ބޭނުންކޮށްގެން ސާރޗޭ ކުރުން)
  • އައިޓީ ވެބް ޑެވެލޮޕްމެންޓް
  • ބިޒްނަސް ޑެވެލޮޕްމެންޓް އެންޑް މާކެޓިންގ (ކޮޕީ ރައިޓް) 

އެމްޕީއެލް އިންޓާރންޝިޕް ޕްރޮގްރާމް މި އަހަރު ފެށީ ހުސްވި ޖޫން މަހުގެ 25 ވަނަ ދުވަހެވެ. އޯގަސްޓް ތިނެއްގެ ނިޔަަލަށް މި ޕްރޮގްރާމް  ކުރިއަށް ދާނެއެވެ. މި އަހަރުގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ 18 ފަރާތަކުންނެވެ. 

އެމްޕީއެލް އިން ބުނީ މި ޕްރޮގްރާމްގެ ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރި ކުރުވުން ކަމަށެވެ. މީގެ އިތުރުން، ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު އެ ކުދިން އަހުލުވެރިކުރުމަކީވެސް މި ޕްރޮގްރާމްގެ ބޭނުމެއް ކަަމަށް ބުނެފައި ވެއެވެ.

]]>
Sat, 08 Jul 2023 10:00:37 +0500 ހީރަސްނިއުސް
އެސްޓީއޯއިން ބ. އަތޮޅާއި ޅ. އަތޮޅުގައި ތަމުރީނު ޕޮރުގުރާމެއް https://heerasnews.com/1460 https://heerasnews.com/1460 އެސްޓީއޯއިން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ބ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށުގެ ފާމަސިސްޓުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެން ގޮސްފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށް ދިނުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނު ސެޝަންތަކުގައި ފާމަސިސްޓުންނަށް ވަނީ ކޭސް ސްޓަޑީތަކާއި ގްރޫޕް މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު ލިބި، އެކެއް އަނެކެއްގެ ހިޔާލާއި ތަޖުރިބާ ބަދަލުކުމާއި، ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ގެންގުޅެންޖެހޭ އެންމެ ރަނގަޅު ގޮތްތައް ވަރަށް ފުރިހަމައަށް ދެނެގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ޕްރޮގުރާމު ފުރިހަމަކުރުމުގެ ސަބަބުން ބ. އަތޮޅާއި ޅ. އަތޮޅުގެ ފާމަސިސްޓުން ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މުވައްޒަފުންގެ ގާބިލުކަން އިތުރުވެގެން ދާނެއެވެ. އަދި ބަލި މީހުންނަށް އިތުރު ޕާސަނަލައިޒްޑް ކެއާރ ފޯރުކޮށްދީ، ކަސްޓަމާރ ސަރވިސްގެ މިންގަނޑުތަކަށް ފާމަސިސްޓުން އިތުރަށް އަހުލުވެރި ކުރުވުމަކީވެސް  މި ޕްރޮގްރާމުގެ އެއް މަގުސަދު ކަމަށް އެސްޓިއޯއިން ހާމަކުރެއެވެ.

މި ތަމްރީނު ޕްރޮގްރާމް ރާއްޖޭގެ އެހެން ސަރަޙައްދު ތަކަށް ފުޅާކޮށް، ރާއްޖޭގެ ފާމަސީތަކުގައި ކަސްޓަމަރުނަށް ދެވޭ ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް މަތި ކުރުމަށް އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރެއެވެ. ފާމަސިސްޓުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އިންވެސްޓްކޮށްގެން އެ ކުންފުނިން ގެންދަނީ ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގެ އަޅާލުމާއި ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ޕްރޮއެކްޓިވް ފިޔަވަޅުތައް އަޅަމުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގެ ފާމަސިސްޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިފަދަ ކަސްޓަމާރ ސާވިސް ޓްރެއިނިން ޕްރޮގްރާމުން ތަކުން ވެސް ދައްކުވައިދެނީ ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ތަކެއް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ކުރަމުންގެދާ މިންނެއް މަސައްކަތެވެ.

]]>
Mon, 29 May 2023 14:37:01 +0500 އުރޫ
މިލަންދޫ ސްކޫލްގައި ފެނަކަ އިންސްޓިޓިއުޓުން ވޯކްޝޮޕެއް ހިންގައިފި! https://heerasnews.com/1440 https://heerasnews.com/1440 ފަންނީ ހުނަރުތައް ކުރިއަރުވައި، ކުރިއަށް އޮތް ޖީލުގެ އިލެކްޓްރިޝަނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ފެނަކަ އިންސްޓިޓިއުޓުން ދާދި ފަހުން ވަނީ ށ. މިލަންދޫ ސްކޫލުގެ ގްރޭޑް 9 ބީޓެކް 11 ދަރިވަރަކަށް، ބޭސިކް އިލެކްޓްރިކަލް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

ފެނަކަ އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ މަގްސަދަކީ ދަރިވަރުންނަށް އަތްފޯރާ ފަށުގައި ތަމްރީނާއި އަމަލީ ފަންނު ދަސްކޮށް ދިނުމެވެ.

ވޯކްސޮޕްގައި  ދަރިވަރުންނަށް ތަމުރީނުތައް ދިނުމުގައި ހަރަކާތްތެރިވެފައި ވަނީ އެއިއިންސްޓިޓިއުޓުގެ ތަޖުރިބާކާރު ޓްރެއިނަރުން އިސްނަގައިގެންނެވެ. މި ތަމުރީނު ތަކުގައި  ކަރަންޓުގެ މަސައްކަތްތައް ކުރާއިރު ގެންގުޅެންޖެހޭ ރައްކާތެރިކަމު ފިޔަވަޅު ތަކުގެ އިތުރުން ކަރަންޓުން ރައްކާތެރިވުމައް ބޭނުންކުރާ އާލާތްތައް ރަނގަޅަށް ބޭނުން ކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ.

ފެނަކަ އިންސްޓިޓިއުޓުގެ އަމާޒަކީ، އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ކުދިންގެ މެދުގައި ޝައުގުވެރިކަން އުފައްދައި، އުނގެނުމުގެ މާހައުލެއް ގާއިމު ކޮށްދިނުން ކަމައް ފެނަކަ އިންސްޓިޓިއުޓުން ބުނެއެވެ.

ފެނަކަ އިންސްޓިޓިއުޓާއި ށ. މިލަންދޫ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުން ދައްކުވައިދެނީ އަމަލީ ހުނަރުން ދަރިވަރުން ބާރުވެރިކުރުވައި، އެ ކުދިންގެ ކުރިމަގަށް ފެނަކަ އިންސްޓިޓިއުޓުން ހާއްސަ ސަމާލުކަމެއް ދޭކަމެވެ. އަދި ފެނަކަ އިންސްޓިޓިއުޓުއިން ދެކޭ ގޮތުގައި މިފަދަ ވޯކްސޮޕް ތަކުގެ ސަބަބުން ދަރިވަރުނަށް އިލެކްޓްރިކަލް ކޮންސެޕްޓްތަކާ މެދު އިތުރަށް ވިސްނުމަށް މަގުފަހިވެ، މުސްތަގުބަލުގައި މި ދާއިރާއިން ކުރިޔައްދާން ބޭނުންވާނެ ޒުވާނުން ތަކެއް އުފެދިގެން ދާނެއެވެ.

]]>
Wed, 24 May 2023 16:06:25 +0500 އުރޫ
ސްޓެލްކޯގައި ފަޔަރ އެވެއާރނެސް ޓްރެއިނިންގއެއް ހިންގުން https://heerasnews.com/1438 https://heerasnews.com/1438 ރައްކާތެރިކަމަށް އިސްކަންދީ، އަލިފާނުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާ ތަކުން ރައްކާތެރި ވުމަށް ސްޓެލްކޯއިން އެ ކުންފުނީގެ ބައެއް އިންޖީނުގެތަކުގެ މުވައްޒަފުންނަށް ވަނީ އަލިފާނަށް ހޭލުންތެރި ކުރުވުމުގެ ބޭސިކް ފަޔަރ އެވެއާރނެސް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ތަމުރީނު ތަކަކީ ސްޓެލްކޯއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިވިކް ޑިޕާޓްމަންޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގުރާމް ތަކެކެވެ.

ސްޓެލްކޯއިން މި ތަމުރީނުތައް ހިނަގާފައިވަނީ އއ. އަތޮޅު މަތިވެރި، ފެރިދޫ، މާޅޮސް އަދި ހިމަންދޫގައެވެ. މި ތަމުރީނުތައް ކުރިއަށް ގޮސްފައި ވަނީ ތިޔަރީ އަދި ޕްރެކްޓިކަލް ކުލާސް ތަކެއްގެ ގޮތުގައެވެ.

މިގޮތުން މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވެ ތިބުމަށާއި އެފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތްތައް ދަސްކޮށްދިނެވެ. އަދި އަލިފާން ނިއްވުމަށް ބޭނުންކުރެވޭ ތަފާތު ވައްތަރުގެ ފަޔާރ އެސްޓެންގުޝާރތަކާއި، އެކިހާލަތް ތަކުގައި އެ ހާލަތަކާ ގުޅޭ އަލިފާން ނިއްވުމުގެ އާލާތްތައް ބޭނުން ކުރާނެގޮތް ކިޔާދިނުމުގެ އިތުރުން އަމަލީގޮތުން އެކަން ކުރާނެ ގޮތްވެސް މި ތަމުރީނުގެ ބައިވެރިންނަށް ކިޔާދީފައިވެއެވެ.

ސްޓެލްކޯއިން ފާހަގަ ކުރިގޮތުގައި މި ސެޝަންތަކުގެ މައިގަނޑު މަގުސަދަކީ އަލިފާނުގެ ހާދިސާތައް ހިނގުމައް މަގުފަހިވެދާނެ ކަންކަން ދެނެގަތުމާއި، ރައްކާތެރި ކަމާއެކު މަސައްކަތް ކުރުމުގެ ގަވައިދުތައް ތަންފީޒު ކުރުމާއި، އިވެކުއޭޝަން ޕްރޮޓޮކޯލްތައް ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރުމަށް ގާބިލު މުވައްޒަފުން ތަކެއް އުފެއްދުމެވެ.

]]>
Wed, 24 May 2023 14:25:35 +0500 އުރޫ
އެމްޕީއެލްއިން އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި! https://heerasnews.com/1430 https://heerasnews.com/1430 ޒުވާން ހުނަރުވެރިން ތަރުބިއްޔަތުކޮށް، ބަނދަރާއި މެރިޓައިމް ދާއިރާ ކުރިއެރުވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދާދި ފަހުން ވަނީ އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފައެވެ. މި ޕްރޮގްރާމުގެ ސަބަބުން ބަނދަރުތަކާއި ކުރިއަރަމުން އަންނަ ކަނޑު ދަތުރު ފަތުރުގެ ދާއިރާއިން އަގުހުރި ތަޖުރިބާ ތަކެއް ހޯދުމުގެ ތަފާތު ފުރުސަތެއް ދަރިވަރުންނަށް ލިބިގެން ދާނެއެވެ.

އިންޓާންޝިޕް ޕްރޮގްރާމުގެ މަގްސަދަކީ ބަނދަރާއި މެރިޓައިމް އިންޑަސްޓްރީގެ އެކި އެކި ކަންކަމުގެ ފަންނުވެރިންނަށް އަމަލީ ގޮތުން ރައްކާތެރިކަމާއިއެކު މަސައްކަތް ކުރަން ދަސްކޮށް ދިނުމެވެ. އަދި މީގެ އިތުރުން އިންޓާނުންގެ ގޮތުގައި ބައިވެރިވާ ބައިވެރިންނަށް މަސައްކަތުގެ ހަގީގީ ހާލަތުގެ ތެރެއަށް ވަދެ ތިބެގެން އިންޑަސްޓްރީއަށް ހާއްސަ ހުނަރުތައް ހޯދާ ދަސްކުރުމުގެ ފުރުސަތު ހުޅުވާލުމެވެ. ހަލަބޮލި ބަނދަރެއް ބެލެހެއްޓުމުގައި ހަރަކާތްތެރި ވާއިރު އޮޕަރޭޝަންތަކާ މެދު ވިސްނާ ހައްލު ހޯދުމަށް ދަސްކޮށް ދިނުމެވެ.

ބަނދަރުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ތަޖުރިބާ ހުރި އެމްޕީއެލްގެ އަމާޒަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް އެހީތެރި ވެދޭނެ ހުނަރުވެރި އާ ޖީލެއް ބިނާ ކުރުމެވެ. މި ޕްރޮގްރާމުގެ ޒަރިއްޔާއިން އެ ކުންފުނިން މަސައްކަތް ކުރަނީ ތިއަރީއާއި އަމަލީގޮތުން އެ މަސަކަތް ކުރާނެ ގޮތާ ދެމެދު އޮތް ފަރަގު ނައްތާލައި، ހުރިހާ ބައިވެރިންނަށް އެ ކުއްޖެއްގެ މުސްތަގުބަލުގެ ކެރިއަރގައި މި ޕްރޮގްރާމުން ދަސްކޮށްދިން އެއްޗެތީގެ ބޭނުން ހިފޭނެ ގޮތަކަށް ކިޔަވައި ދިނުމެވެ.

]]>
Mon, 22 May 2023 15:16:21 +0500 އުރޫ
ސްޓެލްކޯގެ ޓްރޭނިންގް ޕްރޮގްރާމެއް އއ.އަތޮޅުގައި ހިންގުން https://heerasnews.com/1424 https://heerasnews.com/1424 ކަސްޓަމަރަކު ކުންފުންޏަކާއި ދޭތެރޭ ދެކޭދުށުން އެންމެ ބޮޑަށް ބިނާވެފައި ވާނީ ކަސްޓަމަރ ސާރވިސްގެ މައްޗައްށެވެ. ކަސްޓަމަރ ސާރވިސްއަކީ ކުންފުނީގެ ހިދުމަތް ފޯރުކޮށްދޭން ކަނޑައަޅާފައިވާ ފަރާތުން ފޯނުން، އޮންލައިންކޮށް ނުވަތަ ސީދާ ކަސްޓަމަރާ ބައްދަލުވެ، އެ ފަރާތްތަކުގެ އިހުސާސް ދެނަގަނެ ބޭނުންވާ ހިދުމަތެއް ހިނިތުންވުމާއެކީ ފޯރުކޮށްދިނުމެވެ. ރަނގަޅު ކަސްޓަމަރ ސާވިސްއެއް ދިނުމަކީ ކޮންމެ ހިދުމަތްދޭ ކުންފުންޏެއްގެ އަމާޒަކައްވާން ޖެހޭނެއެވެ.

ކަސްޓަމަރުންނާ އޯގާތެރިކަމާއެކީ ހިނިތުންވުމާއެކު އެ މީހުން ބޭނުންވާ ޒަރޫރަތްތައް ކޮންޕެނީގެ ގަވައިދު ތެރެއިން އޮމާންކަމާއެކީ ފުއްދައި ދިނުމަކީ ކޮންމެ ކަސްޓަމަރސާރވިސް ރިޕްރެޒެންޓޭޓިވެއްގެ ޒިންމާއެކެވެ. އެ މީހުންނާ މުއާމަލާތް ކުރާނެ ބަހުރުވައާއި ވާހަކަދެއްކުމުގެ ގެންގުޅޭނެ މިންގަޑުތައް ދެނެގަނެ، ބަދަހިކަމާއެކީ އެމީހުންގެ ބޭނުން ފުއްދައި ދިނުމަކީ މި ދާއިރާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފެއްގެ ގައިގައި ހުރުން ލާޒިމް ހުނަރެކެވެ. މި ކަންކަން ހާސިލު ކުރުމަށްޓަކައި ކަސްޓަމަރ ސާރވިސް ދޭން ތިބޭ މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ވާންޖެހެއެވެ. ސްޓެލްކޯގެ މެނޭޖްމަންޓުގެ އަމާޒަކީ މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބޭނުންވާނެ ތައުލީމާއި ފަންނީ ހުނަރު ދަސްކޮށްދިނުމެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ ތަމުރީނު ޕްރޮގުރާމުތައް ރާވައި ހިންގުމެވެ.

މިގޮތުން ނިމިދިޔަ ހަފްތާ ބަންދުގައި އެކުންފުނިން ވަނީ އއ. އަތޮޅުގައި އެފަދަ ތަމްރީނު ޕްރޮގުރާމެއް ބާއްވާފައެވެ. މި ޕްރޮގުރާމުގައި އއ. މަތިވެރި، ފެރިދޫ، ހިމަންދޫ އަދި މާޅޮހުގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

]]>
Mon, 22 May 2023 12:23:19 +0500 އުރޫ
އެމްޕީއެލް ސީނިއަރ މެނޭޖްމަންޓްގެ ހާއްސަ ތަމްރީނު ޕްރޮގްރާމް https://heerasnews.com/1421 https://heerasnews.com/1421 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "ކޮމްޕްލަޔަންސް ވިތް އެޗްއާރު ޕޮލިސީސް އެންޑް ޕްރޮސީޖާސް: އެވްރީވަންސް ރެސްޕޮންސިބިލިޓީ" ގެ ނަމުގައި މިމަހުގެ 13 ވަނަ ދުވަހު ފެށުނު ވޯކްޝޮޕްގެ ދެވަނަ ސެޝަން  ކުރިއަށް ގެންގޮސްފައި ވަނީ މަޝްހޫރު "ކްރޮސް ރޯޑްސް ވެނިއު"ގައެވެ. މި ވޯކްޝޮޕަކީ އެ ކުންފުނީގެ ތެރޭގައި އެޗްއާރު މެނޭޖްމަންޓް ޕްރެކްޓިސްތައް އިތުރަށް ހަރުދަނާކޮށް، އެޗްއާރު ސިޔާސަތުތަކާއި ޤަވައިދުތަކަށް ބޯލެނބުމުގެ މުހިންމުކަން އިތުރަށް ރަނގަޅަށް ދަސްކޮށް ދިނުމުގެ ގޮތުން ހިންގަމުން ގެންދާ ވޯކްޝޮޕެކެވެ.

ރަނގަޅު އަހުލާގާއި އާދަތަކާއި ޒިންމާދާރުވުމުގެ ސިފަ ދެމެހެއްޓުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ދާއިރު، މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަކީ އެކުވެރި އަދި އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މި ވޯކްޝޮޕްގެ ދެވަނަ ސެޝަންއިން ވެސް ރަމްޒުކޮށް ދެނީ ދެ ފުށް ފެންނަ އަދި ޖަވާބުދާރީވުމުގެ ސަގާފަތެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ތަކެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި އެޗްއާރު ސިޔާސަތު ތަކާއި ގަވައިދުތައް ފުޅާ ދާއިރާއެއްގައި އެނގިގެން ދިއުމުން އެ ކުންފުނީގެ ކުރިމަގު އިތުރަށް އުޖާލާވެގެންދާނެއެވެ. އަދި މި ބައްދަލުވުމުގައި އެ ކުންފުނީގެ ކުރިމަގު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާބިލުކަން ބައިވެރިންނަށް ލިބިގެންދާނެއެވެ. އެމްޕީއެލް  ސީނިއަރ މެނޭޖްމަންޓުން މި ފަދަ ވޯކްޝޮޕެއް ހިންގުމުން ދައްކުވައި ދެނީ އެ ކުންފުންނިން  ދެފުށް ފެންނަ އަދި ޖަވާބުދާރީވުމުގެ ސަގާފަތެއް ގާއިމުކުރުމަށް ޓަކައި ކުރަމުން ގެންދާ މިންނެތް މައްސަކަތްތަކެވެ.

]]>
Sun, 21 May 2023 22:49:33 +0500 އުރޫ
ވިސްނާލަމާ ޕްރޮގްރާމުގައި އެސްޓީއޯގެ ޑްރައިވަރުން https://heerasnews.com/1405 https://heerasnews.com/1405 ފަހަކަށް އައިސް މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ސަބަބުން މިޤައުމުގެ ކޮންމެ ރައްޔިތެއްމެ މިއަދުމި ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ކޮންމެ ބައެއްގެ އިހުމާލުން ހިނގި ކަމެއްކަމުގައި ވިއަސް މިއަދުގެ މަގުތަކަކީ އަމާން ތަނެކޭ ބުނެވޭކައްނެތެވެ. މިކަން މިނޫން ގޮތަކަށް ބަދަލު ކުރުމަކީ ހަމަޔަގީނުން ވެސް އަހަރުމެން އެންމެން ކުރަން ލާޒިމުކަމެކެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމައްޓަކައި، ޒިންމާދާރު ޑްރައިވިން ޕްރެކްޓިސްތައް އަށަގެންނެވުމައް، ފުޅާދާއިރާއެއްގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި  މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި އެސްޓީއޯގެ ޑްރައިވަރުން ވަނީ ބައިވެރިކޮށްފައެވެ. 

އެސްޓީއޯގެ އިސްވެރިންގެ އިސްނެގުމުގެ މަތިން އެކުންފުނީގެ ޑްރައިވަރުން "ވިސްނާލަމާ" ގެ ނަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިކޮށްފައިވަނީ އެކުންފުނީގެ ޑްރައިވަރުންނަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ލޯހުޅުވިފައި ތިބި ބަޔަކަށް ހެދުމަށެވެ.  

ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަގުބޭނުންކުރާ ހުރިހާ ފަރާތް ތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށް، ޒިންމާދާރުކަމާއެކު ދުއްވުމުގެ މުހިންމުކަމާ މެދު ބައިވެރިން ހޭލުންތެރިކުރުވިއެވެ. އަދި  މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކްސިޑެންޓްތައް މަދުކުރުމަށް ޑްރައިވަރުންނަށް އެޅިދާނެ ރަނގަޅު ފިޔަވަޅުތައްވެސް ދަސްކޮދިނެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ، މަގުމަތީގައި ކުރިމަތިވެދާނެ ނުރައްކާތައް އަންދާޒާކޮށް، އެކަމަށް އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުމުގެ ހުނަރު ޑްރައިވަރުންނަށް ދަސްކޮށްދިނުންކަމަށް އެސްޓިއޯއިން ބުނެއެވެ.

]]>
Thu, 18 May 2023 16:09:40 +0500 އުރޫ
ފަސްޓް ނޭޝަނަލްއާއި ސްޓެލްކޯގުޅިގެ ތަމްރީން ބަދަލް ވުމެއް https://heerasnews.com/1385 https://heerasnews.com/1385 ސްޓެލްކޯއިން ލީޑިން ފައިނޭންޝަލް އިންސްޓިޓިއުޝަނެއް ކަމަށްވާ ފަސްޓް ނޭޝަނަލްއާއި ގުޅިގެންވަނީ ކެޕިޓަލް މާކެޓް އިންވެސްޓްމަންޓްތަކާއި ފަހަށް ރައްކާކުރުމަށް ހުރި ފުރުސަތުތަކާއިބެހޭ ގޮތުން ކުންފުނީގެ އިސްމަގާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން މި ސެޝަންގައި އިންވެސްޓްމަންޓް ސްޓްރެޓެޖީތަކާއި، މާކެޓްގެ މުހިންމު ޓްރެންޑްތަކަށް އަލިއަޅުވާލިއެވެ. އަދި މާލީ ލަނޑުދަނޑިތަކަށް ކާމިޔާބުކަމާއިއެކު ދަމަހައްޓާ ބެލެހެއްޓުމަށް ބޭނުންވާ ޢިލްމާއި ވަސީލަތްތައް ފޯރުކޮށްދީ މުވައްޒަފުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ މަސައްކަތުގެ މައްޗަށް އަލިއަޅުވާލިއެވެ. ހަމަ އެހެންމެ ފަހަށް ރައްކާކުރާ ފައިސާ އިތުރު ކުރެވޭނެ މަގުތައް ހޯދާނެގޮތާއި ފައިސާ ރައްކާ ކުރާނެ ގޮތްތަކާބެހޭ ގޮތުންވެސް މައުލޫމާތުދިނެވެ.

މި ސެޝަންތަކުގެ މައިގަނޑު މަގުސަދަކީ ރައްކާތެރި މާލީ މުސްތަގުބަލެއް ބިނާކުރުމުގައި ކޮމްޕެނީގެ އިސްފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. ސްޓެލްކޯއިން އިތުރަށް މައުލޫމާތު ދިންގޮތުގައި ސެޝަން ނިންމާލާފައި ވަނީ ބައިވެރިންގެ ފަރާތުން ލިބުނު ފީޑްބެކާއެކު ކަމަށާއި، ކެޕިޓަލް މާކެޓް އިންވެސްޓްމަންޓްތަކާއި ފަހަށް ރައްކާކުރަންހުރި ފުރުސަތުތަކާއި ބެހޭ ގޮތުން އިތުރަށް ވިސްނާނެ ފުރުސަތު ބައިވެރިންނަށް ލިބިގެންދިޔަކަމަށެވެ.

]]>
Mon, 15 May 2023 14:27:17 +0500 އުރޫ
ތައުލީމާއި ތަމްރީން ދިނުމުގައި ފެނަކަ! https://heerasnews.com/1384 https://heerasnews.com/1384 މީހުން މީހުނައް ވަނީ މީހުންނަށް ހެދީމައޭ ބުނާތީ އަޑުއަހަމެވެ. މިއީ ވަރަށް ބޮޑު ތެދެއްކަން ސާބިތުކޮށްދެމުން މިދަނީ ފެނަކަ ފަދަ ކުންފުނިތަކުންނެވެ. މަސައްކަތުގެ ތަމްރީނާއި ތަޖުރިބާނެތް އެތައް ބަޔަކަށް ތަމްރިީނުތައްދީ އެތައް ތަޖުރިބާކާރުންތަކެއް މިދަނީ މަސައްކަތުގެ މާހައުލައް ނެރެމުންނެވެ.

ފެނަކައަކީ މިހާރު ރާއްޖޭގައި ވަރަށް ހަލުވިކަމާއެކު ގިނަ ރަށްތަކަކަށް ކަރަންޓުގެ ހިދުމަތްދެމުންދާ ކުންފުންޏެކެވެ. ކަރަންޓުގެ ހިދުމަތުގެ އިތުރުން ވޯޓާރ ސުވަރޭޖު އަދި އިޔާދަކުރަނިވި ހަކަތަ "ގްރީން އެނާރޖީ" ކުރިއެރުވުމުގެއި އެންމެ ފުޅާދާއިރެއްގައި ހަރަކާތްތެރިވަމުންދާ އެއްފަރާތަކީ ފެނަކައޭ ބުނެވިދާނެއެވެ. ރައްޔިތުންނާ ހިސާބަށް ކޮލިޓީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުނަރުވެރި ވޯކްފޯސެއް އުފެއްދުމަކީ ފެނަކައިގެ ދުރުވިސްނުމުގެ ޕްލޭންގެ ތެރެއިން ރާވާ ހިންގަމުންދާ ކަންކަމެވެ. ކޮމްޕެނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަދި ރައްޔިތުންނާ ހަމައަށް އިތުބާރުހުރި ހިދުމަށްތަކެއް ދިނުމަށްޓަކައި އައިއެސްއޯ ސްޓޭންޑަޑަށް ކޮމްޕެނީގެ ހިންގުން ފެއްތިއެވެ. މީގެ ސަބަބުން ކުރުމުއްދަތެއްގެ ތެރޭގައި ދިވެހިންގެ ބޮޑު އިތުބާރެއް މިކުންފުންޏަށް ލިބިގެންދިޔައެވެ. ހިދުމަތުގެ ފެންވަރު އެއްގޮތެގައި ނުވަތަ އިތުރައް ކުރިއެރުވުމައްޓަކައި މުވައްޒަފުންނަށް އެ މައްސަކަތަކާ ގުޅޭގޮތުން ތައުލީމާއި ތަމްރީނު ދިނުމަކީ ކިހާ މުހިންމުކަމެއްކަން ފެނަކައިގެ އިސްވެރިން ދަނެއެވެ.

މީހުން ބިނާކުރުމައް ފެނަކައިންސްޓިޓިއުޓުން ގެންދަނީ ތަފާތު ގިނަގުނަ ތައުލީމާއި ތަމްރީނުގެ ޕޮރުގުރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާވައިހިންގަމުންނެވެ. އެގޮތުން މިހާރުވެސް ގައުމީ ސަނަދު ލެވެލް ތިނެއްގެ ފެންވަރަށް ހިންގާ "އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް" ކޯހުގެ ބެޗް 2 އަދި  3 ގެ ކޯސް ދަނީކުރިއަށެވެ. އަދި މި މެއި މަހު 12 ވަނަ ދުވަހުންފެށިގެން  ބ.އަތޮޅާއި ނ.އަތޮޅުގެ ޓީމްތަކުގެ ތަމްރީންތައް ވެސް މިވަނީފަށައިފައެވެ. މި ތަމްރީނު ޕްރޮގްރާމުން ދަސްވެނިވާ ފަރާތްތަކަށް "އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް އިން ލެވެލް ތިނެއް" ގެ ގައުމީ ސަނަދެއް ލިބި ވައިރުކުރުމާއި މެއިންޓަނަންސް ކުރާނެ ގޮތް ދަސްވާނެއެވެ.

]]>
Mon, 15 May 2023 14:14:07 +0500 އުރޫ
އެމްޕީއެލް ސީނިއަރ މެނޭޖްމަންޓަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް https://heerasnews.com/1380 https://heerasnews.com/1380 މޯލްޑިވްސް ޕޯޓް ލިމިޓެޑުން އެ ކުންފުނީގެ ސީނިއާރ މެނޭޖްމަންޓްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކުރާ އިންވެސްޓްމަންޓަކީ އެ ކުންފުނީގެ ކާމިޔާބީއަށް ހަރުދަނާ އެޗްއާރު ފްރޭމްވޯކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އިތުރުގޮށެކެވެ. މިގޮތުން "ކޮމްޕްލައިންސް ވިތް އެޗްއާރު ޕޮލިސީސް އެންޑް ޕްރޮސީޖަރސް: އެވްރީވަންސް ރެސްޕޮންސިބިލިޓީ" ގެ ނަމުގައި އެކުންފުނީގެ ސީނިއަރ މެނޭޖްމަންޓަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ވަނީ ރާވައިހިންގާފައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކަނޑުގެ ސިނާއަތަށް ހާއްސަ އެޗްއާރު މެނޭޖްމަންޓް ޕްރެކްޓިސްތައް ރަނގަޅުކޮށް، މޯލްޑިވްސް ޕޯޓް ލިމިޓެޑްގެ ގާނޫނީ ޝަރުތުތަކާއި ސިނާއަތުގެ މިންގަނޑުތަކާ އެއްގޮތަށް  ބޯލަބާ ކިޔަމަންތެރިކަމާއެކު މަސައްކަތްތައް ބަޓަންކުރުމެވެ.

މި ތަމްރީނުގެ މަގުސަދަކީ އެމްޕީލްގެ ތެރޭގައި އެޗްއާރު މެނޭޖްމަންޓްގެ އުސޫލުތައް ވަރުގަދަކޮށް އިތުރުކުރުމުގެ އިތުރުން އެޗްއާރުއާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތަކަށް އަމަލުކުރުމުގެ މުހިންމުކަމާ މެދު މުވައްޒަފުން ހޭލުންތެރިކުރުވުމެވެ. އަދި އިންސާފުވެރިކަމާއި، ވީހާވެސް ހާމަކަން ބޮޑުކަމާއި، މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މަސައްކަތުގެ މާހައުލެއް އުފެއްދުމެވެ.

]]>
Sun, 14 May 2023 18:25:31 +0500 އުރޫ
ހަޔަރއެޑިއުކޭސަނުން އަލިފުށީގައި ކެރިއަރ ގައިޑެންސް ޕްރޮގުރާމެއް https://heerasnews.com/1356 https://heerasnews.com/1356 މިނިސްޓްރީ އޮފޮ ހަޔަރ އެޑިއުކޭސަންއާއި އަލިފުށީ ސުކޫލާއި ކައުންސިލް ގުޅިގެން ވަނީ އަލިފުށީ ސުކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ހިންގަވާފައެވެ. މި ޕްރޮގްރާމްގެ ތެރޭން ދަރިވަރުން ކުރިއައް އޮތް ތަނުގައި ކުރިއަށް ދާނެ ދާއިރާތައް ހިޔާރުކުރާނެ ގޮތާއި މަތީތަޢުލީމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.

ކުރިއައް އޮތްތަނުގައި އަލިފުއްޓައް ދަރިވަރުނަށް ކޮއްދެވިދާނެ މުހިންމު ކަންކަމާއި ، ރަށުފެންވަރުގައި ހިންގުމަށް ދަރިވަރުން އެންމެ ބޭނުން ތަމްރީން ޕްރޮގުރާމްތަކާއި ކޯސްތަކާއި ބެހޭގޮތުން ހިޔާލު ބަދަލު ކުރެވުނެވެ.

ސުކޫލުގެ ޕްރިންސިޕަލް ފާހަގަ ކުރައްވާ ގޮތުގައި މިފަދަ ޕްރޮގުރާމްތައް ކުރިއައް އޮތްތަނުގައި ވެސް ހިންގުމަށް އެދޭކަމަށާއި ، މި ޕްރޮގްރާމަކީ ވެސް ބޭނުންތެރި އަދި އެހާމެ މިފަދަ ޕްރޮގުރާމަކަށް އުއްމީދުކޮށްގެން ތިއްބާ ލިބުނު ފުރުސަތެކެވެ.

މި ޕްރޮގުރާމް ކުރިއަށް ގެންގެދެވުމުގައި ލީޑުކުރެއްވީ ގިނަ ދުވަހު ތަޢުލީމީ ދާއިރާގައި މަސަތްކަތް ކުރައްވާފައިވާ ،މިހާރު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭސަންގެ ޑިރެކްޓަރ ޖެނެރަލް ހިކުމާއެވެ. އަދި މިނިސްޓްރީގެ ހުރިހާބޭފުޅުން ވެސް ޕްރޮގްރާމް ކުރިއަށް ގެންދެވުގައި އެކިގޮތްގޮތުން ބައިވެރިވެވަޑިގެންނެވިއެވެ.

މި ޕްރޮގުރާމް ނިމުމުން ކުރިއައް އޮތްތަނުގައި ވެސް މިފަދަ ޕްރޮގުރާމްތައް ހިންގައިދިނުމައް ދަރިވަރުން އެދިފައިވެއެވެ.

]]>
Tue, 09 May 2023 17:10:32 +0500 ޒުރޫ
ސްޓެލްކޯގެ ހުއްޓުމެއްނެތް އިޖުތިމާއީ ހިދުމަތް https://heerasnews.com/1318 https://heerasnews.com/1318 އިޖުތިމާއީ ޒިންމާ އަދާކުރުމަކީ ބޮޑެތި ޕްރޮޖެކްޓްތައް ރަވާ ހިންގުން އެކަންޏެއް ނޫނެވެ. ރައްޔިތުންނާއި ުއައްސަސާތަކުން ކުރާ ކުދި ބޮޑު އެންމެހާ ކަންކަމުގައި އެހީތެރިވެ ދިނުމަކީވެސް އިޖުތިމާއީ ޒިންމާއެކެވެ. ސްޓެލްކޯއިން އެކުފުނިން ހިދުަތްދޭ ރަށްރަށުގެ ރައްޔިތުންނާއި މުއައްސަސާތަކަށް އެހީތެރިވެ ދިނުމަކީ ވެސް އެކުންފުނިން އަދާކުރާ އިޖުތިމާއީ ޒިންމާއެކެވެ.

ކ. ހިންމަފުށީ ސުކޫލުގެ އެދުމުގެ މަތިން، އެ ސުކޫލަށް ދިމާވެފައިވާ ކަރަންޓުގެ ގިނަ މައްސަލަތަކެއް ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުން ދަނީ ހައްލުކޮށްދެމުންނެވެ. އެގޮތުން ކޮމްޕިއުޓަރ ލެބާއި، ސްޓާފްރޫމްގެ މައްސަލަޖެހިފައިވާ ލައިޓްތައް ރަނގަޅު ކޮށްދިނުމާއި ވަޔަރިންގެ ބައެއް މައްސަލަތައް މިހާރު ވަނީ ހައްލުކޮށްދީފައެވެ.

މީގެ އިތުރުން، އިންޖީނުގޭގެ ފަރާތުން ވަނީ ހިންމަފުށީ ސުކޫލަށް ލެޑް ލައިޓްތަކެއްވެސް ހަދިޔާކޮށްފައެވެ.

]]>
Sun, 30 Apr 2023 07:51:19 +0500 ހީރަސްނިއުސް
މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއިއެކު އިބޫ ތާރީހުގެ ތެރެއަށް https://heerasnews.com/1286 https://heerasnews.com/1286 މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ބިނާކުރުމަކީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ހިންގަނީ ރަޢީސުލް ޖުމްހޫރިއްޔާ ހާއްސަ އިސްކަމެއްދެއްވައިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ ފަރާތުންނެވެ. މަގުސަދަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމެވެ.

އެހާ ބޮޑު އިސްކަމެއް ދީގެން ހިންގާ މި މަޝްރޫއަކީ ރަށްރަށުގެ ސްކޫލްތައް ނިންމައިގެން ހިދުމަތަށް އަލަށް ނިކުންނަ ކުދިން ނުވަތަ ގްރޭޑް 10 ނިންމައިގެން ނިކުންނަ ދަރިވަރުން މާލެ އަންނަން ނުޖެހި، މަތީ ތަޢުލީމު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިކަމުގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭ ކޮންމެ ސަރަޙައްދަކީ ވެސް، މަތީ ތަޢުލީމުގެ ފުރުޞަތު ފަހިވެފައިވާ ތަނަކަށް ހެދުމެވެ.

ހއ. ދިއްދޫގައި ބިނާކުރާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްގެ ކޯސްތައް ހިންގުމަށެވެ. އެހެން ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް ދިއްދޫ އިންސްޓިޓިއުޓުގައި ހިންގާނެއެވެ. ދިއްދޫ ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތް ތަކަށް ހާއްސަ އޭރިއާއެއްގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.

ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މިހާތަނަށް ބަލާއިރު މިތަނުގައި ތަރައްޤީކުރާ 3 ބްލޮކްގެވެސް ކޮންކްރިޓް ހުރިހާ މަސައްކަތްތަކެއް ނިންމާލާ މިހާރު ކުރިއަށްދަނީ ރޭނުމުގެ މަސައްކަތް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެއާއި މިހާރު ކުރިއަށްދަނީ އަލިފުށި ޓިވެޓް ސެންޓަރ ހިންގަން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެގޮތުން ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި، އިދާރީ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ރ. އަލިފުށީ ޓިވެޓް ސެންޓަރ ހާއްސަ ކުރުމަށް ހަމަޖެހިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްގެ ކޯސްތައް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް މި އިންސްޓިޓިއުޓްގައި ވެސް ހިންގުމަށް ހަމަޖެހިފައިވެއެވެ.

ނ. ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ނ. އަތޮޅު ވެލިދޫއަކީ ޖޫނިއަރ ކޮލެޖް ޤާއިމް ކުރަން ނިންމެވި 3 ވަނަ ރަށެވެ. އއ އުކުޅަހުގައި ވެސް ޖޫނިއަރ ކޮލެޖެއް ގާއިމްކުރުމުގެ މަސްވަރާތައް ހަޔައެޑިއުކޭސަނާއި އުކުޅަހު ކައުންސިލާއި އެކު ދަނީ ކުރެވެމުންނެވެ.

އަމިއްލަ ވަޒަނުގައި ކިޔެވޭނޭ ފުރުސަތު ލިބުމަކީ އާއިލާ ކައިރީގައި އުފާވެރި މާހައުލެއްގައި ތިބެ ތައުލީމު ލިބުމަށް ހުޅުވޭ ދޮރެކެވެ. އަދި ރަށުގެ ޒުވާނުން ރަށުގައި ހިފެހެއްޓުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މިއީ އަތޮޅުތަކުގެ ކުދިންނަށް ލިބޭ ފަހި ފުރުސަތެކެވެ. މި ކާމިޔާބު މަސްރޫއާއި އެކު ރަޢީސް އިބޫ ތާރީހުގެތެރެއަށް ވަދެގެން ދާނެކަން ޔަޤީނެވެ.

]]>
Tue, 25 Apr 2023 20:05:06 +0500 ޒުރޫ
މީހުން ބިނާކުރުމުގައި ފެނަކަ https://heerasnews.com/1212 https://heerasnews.com/1212 ކޮންމެ ކަމެއްވެސް ފެންވަރު ހުރި ގޮތެއްގައި ކުރެވޭނީ އެކަމެއް ކުރަން އޮންނަ ގޮތަށް ކޮށްގެންނެވެ. ކުރަން އޮންނަ ގޮތަށް ކަމެއް ކުރެވޭނީ ރަނގަޅަށް އެކަމެއް ކުރާން ދަސްކޮށްގެންނެވެ.

ފެނަކައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ކަރަންޓްގެ ހިދުމަތްދޭ ކުންފުންޏެކެވެ. ފެނަކައިން ދޭ ހިދުމަތަކީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ އިތުބާރު ހުރި ފެންވަރު ހުރި ހިދުމަތަކަށް ވާނީ ހިދުމަތް ދޭން ތިބޭ މީހުންނަކީ އެ މީހެއްގެ މަސައްކަތުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ލިބިފައިތިބި ބަޔަކަށް ވެގެންކަން ފެނަކައިގެ އިސްވެރިންނަށް އެނގެއެވެ. އެހެން ކަމުން ފެނަކަ އިންސްޓްޓިއުޓް އުފައްދާ މީހުން ބިނާ ކުރުމުގެ މަސައްކަތް ފެށިއެވެ. 

ކަރަންޓް ވައިރުކުރުމާއި މެއިންޓެއިންކޮށް ބެލެހެއްޓުމަށް ދަސްކޮށް ދިނުމަށް ފެނަކަ އިންސްޓިއުޝަނުން ހުއްޓާނުލާ ރާއްޖޭގެ ކަންކޮޅުތަކުގައި ކޯސްތައް ހިންގަމުން ދެއެވެ. 

ގައުމީ ސަނަދު ލެވެލް ތިނެއްގެ ފެންވަރަށް ހިންގާ އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް ކޯހުގެ ބެޗް 4ގެ ތ. ތިމަރަފުށީ ގްރޫޕް 2ގެ އަމަލީ އެސިސްމެންޓް ބާއްވައިފިއެވެ. 

މި ތަމްރީނު ޕްރޮގްރާމް ނިންމުމުން އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް އިން ލެވެލް ތިނެއް ގައުމީ ސަނަދެއް ލިބި ވައިރުކުރުމާއި މެއިންޓަނަންސް ކުރާނެ ގޮތް ދަސްވެއެވެ.

]]>
Sun, 09 Apr 2023 14:31:24 +0500 ހީރަސްނިއުސް
ހިންމަފުށީ ސްކޫލަށް ސްޓެލްކޯ އެހީތެރިކަން ދިނުން https://heerasnews.com/1211 https://heerasnews.com/1211 ކ. ހިންމަފުށީ ސުކޫލުގެ އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ރައްކާކުރާ ސެކިއުރިޓީ ރޫމަށް ކަރަންޓްގެ ގިނަމައްސަލަ ތަކެއް ދިމާވެފައި ވުމުގެ ސަބަބުން ސެކިއުރިޓީ ރޫމް ބޭނުން ނުކުރެވޭ ވަރުވެފައި ވަނިކޮށް އެ ސްކޫލުގެ އެދުމުގެ މަތީން ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ސްޓެލްކޯއިން ހައްލުކޮށް ދީފިއެވެ.

ސްޓެލްކޯގެ ފަރާތުން ހިންމަފުށީ ސްކޫލުގެ އިމްތިހާނު ކަރުދާސް ރައްކާކުރާ ސެކިއުރިޓީ ރޫމްގެ ކަރަންޓްގެ މައްސަލަތައް ހައްލުކޮށް ދިނީ ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުންނެވެ.

]]>
Sun, 09 Apr 2023 13:42:22 +0500 ހީރަސްނިއުސް
ސްޓެލްކޯގައި ޓެކްނީޝަން ޓްރެއިނިންގ ޕްރޮގްރާމެއް https://heerasnews.com/1134 https://heerasnews.com/1134 އިންޖީނު ރޫޅާ ރޭވުމަށް މުއައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ޓެކްނީޝަން ޓްރެއިނިްގ ޕްރޮގްރާމެއް ސްޓެލްކޯއިން ބާއްވައިފިއެވެ.

ސްޓެލްކޯއިން މި ފަހަރު ބޭއްވީ ކަމިންސް QSK60 އަދި K50 އިންޖީނުތަކުގެ އަސްލު ސްޕެއަރ އާއި އެކު އޯވަހޯލް ކުރުމަށް ހާއްސަކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.

ޓެކްނީޝަން ޓްރޭނިންގ މި ޕްރޮގްރާމްގެ ޕްރެކްޓިކަލް ސެޝަންތައް ބޭއްވީ ކ. މާފުށީގައއެވެ. ޕްރޮގްރާމްގެ ތިއަރީ ސެޝަންތައް ބާއްވާފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.

]]>
Tue, 14 Mar 2023 16:37:55 +0500 ހީރަސް
އެމްޕީއެލްގައި އަންހެން ކާޕެންޓަރެއް https://heerasnews.com/1125 https://heerasnews.com/1125 މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެކެވެ. ފަންނީ ރޮނގުތަކުން މީހުން ބިނާ ކުރުމުގައި މިންތީގެ ތަފާތެއް އެމްޕީއެލްގައި ނޯވެއެވެ. މީގެ ތިންމަސް ދުވަސްކުރިން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވީ އެންމެ އަންހެނެކެވެ.

ލ. ގަމަށް އުފަން އުމުރުން 34 އަހަރުގެ ފާތިމަތު ޝިރުފާ އެމްޕީއެލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކޮށްގެން ފުލްޓައިމް މުއައްޒަފެއްގެ ގޮތުގައި އެމްޕީއެލްގައި މިހާރު މަސައްކަތްކުރަނީ ކާޕެންޓަރެއްގެ ގޮތުގައެވެ. އެއްވެސް ވަރަކަށް ޖެހިލުންނުވެ ވާނެ ކަމުގެ ޔަގީންކަން އޮވެ ޕްރޮގްރާމް ފުރިހަމަކޮށް ދާއިމީ ވަޒީފާ އެމްޕީއެލުން ހޯދަފައިވާ ޝިރުފާއަކީ ކަނބަލުންނަށް ރަނގަޅު މިސާލެކެވެ. އެކުގައި މަސައްކަތްކުރާ އެހެންމީހުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބިގެން ވަޒީފާ އަދާކުރުމުގައި ޝިރުފާއަށް އެއްވެސް ދައްޗެއް ނެތެވެ.

ރަސްމީ މަސައްކަތްތަކުގައި ޝިރުފާއަށް ކަބަޑު ޖެހުމާއި ރޭނުމާއި ސިމެންތި ޖެހުމާއި ކުލަލުން ފަދަ ކަންކަން ކުރަންޖެހެއެވެ. އެފަދަ އެއްވެސް ކަމެއް ކުރާއިރު އަންހެނަކަށްވީތީ ދިމާވާ ގޮންޖެހުމެއް ޝިރުފައަށް އޮންނަ ކަމަކަށް ނުވެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގުރާމް ނިމުމުން އެމްޕީއެލުން އޭނާއަށް ވަޒީފާ ހަމަޖައްސައިދިނީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް އެކުންފުނީގައި ކޮންމެ ދާއިރާ އަކުންވެސް އޮތްކަން ކަށަވަރު ކޮށްދެމުންނެވެ.

އެމްޕީއެލުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގުރާމުތަކުގައި ގިނަ އަންހެނުންނަށް ހަމަހަމަ ފުރުސަތު ހުޅުވާލާފައި އޮވެއެވެ. ހެވީވެހިކަލް އޮޕަރޭޓުކުރުމާއި ވަޑާންކުރުމާއި އެނޫންވެސް ތަފާތު ދާއިރާތަކުން އަންހެނުންނަށް އެމްޕީއެލްގައި ފުރުސަތުތައް އޮތީ ފަހިކޮށެވެ.

އަންހެނަކަށް ވިޔަސް ވަޑާން ކުރުންފަދަ ކަންކަމަކީވެސް ކުރެވޭނެ ކަންކަން ޝިރުފާ އެދަނީ ސާބިތުކޮށް ދެމުންނެވެ.

]]>
Sat, 11 Mar 2023 14:46:06 +0500 ހީރަސް
އެސްޓީއޯ ފަންނީ ރޮގުތަކުން އަންހެނުން ބާރުވެރި ކުރުވުން https://heerasnews.com/1124 https://heerasnews.com/1124 ޓެކްނިކަލް ދާއިރާތަކުން އަންހެނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެސްޓީއޯއިން ހާއްސަ ސްކޮލަޝިޕްތަކެއް ދިނުމަށް ނިންމި ނިންމުމަކީ މީހުން ބިނާ ކުރުމަށް ދޭ އިސްކަން ވަޒަންކުރެވޭ ކަމެކެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެނުންނަށް ހާއްސަކޮސްގެން ފުރުސަތު ހުޅުވާލުމަކީ މިންތީގެ ހަމަހަމަކަމަށް އެސްޓީއޯ ސަމާލުކަން ދޭވަރު ހާމަ ކޮށްދޭ ކަމެކެވެ. 

އެސްޓީއޯއިން ސްކޮލަޝިޕްގެ ފުރުސަތު https://twitter.com/stoplc ހުޅުވާލެވިފައިވަނީ 15 ބައިވެރިންނަށެވެ. އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން އާއި އެޑްވާންސް ސެޓްފިކެޓް އިން ރެފްރިޖެރޭޝަން އެންޑް އެއާ-ކޮންޑިޝަނިންގ އާއި ސެޓްފިކެޓް ތްރީ އިން އިލެކްޓްރޯނިކްސްގެ ކޯހަށް އަންހެނުންނަށް ފުރުސަތު ހުޅުވައިލައިގެން އެކަނި ފުއްދާލަކަށް އެސްޓީއޯ ނުވިސްނައެވެ.

ކޯސްތަކާއެކު ބައިވެރިންނަށް އެސްޓީއޯއިން ވަޒީފާ ޔަގީން ކޮށްދެއެވެ. ކޯސް ފުރިހަމަ ކުރުމުން އެލެވޭޓާ ޓެކްނީޝަނުންގެ ގޮތުގައާއި ސާވިސް ސަޕޯޓް ޓެކްނީޝަންސްގެ ގޮތުގައާއި ޕްރޮޑަކްޓް ސްޕެޝަލިސްޓުންގެ ވަޒީފާ އަދާކުރެވޭނެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން އިއުލާނުގައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް ކޯހަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ ނިޔަލަށް ކޯހަށް އެދި އެސްޓީއޯއަށް ހުށަހެޅުމުން ގެންދަންވީއެވެ. އިތުރު މައުލޫމާތު ހޯދުމަށް 1422 އަށް ގުޅަމުން ގެންދަން ހުރަހެއް ނެތެވެ. މެއިލް ކުރަންޖެހޭ އީމެއިލް އެދްރެހަކީ training.development@sto.mv އެވެ.

]]>
Sat, 11 Mar 2023 14:03:34 +0500 ހީރަސް
މަދަރުސީވެއްޓަށް އެންމެކުރިއެރުން ލިބުނު ވެރިކަން https://heerasnews.com/946 https://heerasnews.com/946 ރައީސް ސާލިހުގެ ވެރިކަމަކީ ވަކި ދާއިރައެއް އިހުމާލު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ކުރާ ހެޔޮ ވެރިކަމެކެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ރަށްރަށުގައި ފެނާ ނަރުދަމާ އެކަނި އެޅީއެއް ނޫނެވެ. ބަދަރުހަދާ ރަށްރަށުގެ ގިރުން ހައްލުކުރީ އެކަންޏެއް ނޫނެވެ. ކުޅޭ ބިންތަކާއި މަގު ހެދުން ނޫނަސް ގިނަގުނަ އެތައްކަމެއް ކޮށްފިއެވެ. 

ތައުލީމީ ދާއިރާއިން އެތައް ހާސް ކުދިންނަށް ހިލޭ ޑީގްރީއަށް ކިޔަވާނެ ފުރުސަތު ދީފައި ފުއްދާލީއެއް ނޫނެވެ. ޒަމާނީ ފެންވަރުގައި އެތައް ތައުލީމީ ބިނާއެއް ބިނާކޮށް ގައުމު ވަނީ އާރާސްތު ކޮށްފައެވެ. އެންމެ ހަތަރު އަހަރުގެ ތެރޭގައެވެ. ވެރިކަމަށް އައިރު ނުނިމި ހުރި ތަންތަން ހެޔޮބަދަލު ތަކާއެކު ނިންމިއެވެ. މުޅިން އަލަށް އެތައް މަޝްރޫއެއް ހިންގާ ނިންމިއެވެ. އެންމެ ޒަމާނީ ފެންވަރުގައެވެ. 

ތައުލީމީ ދާއިރާގައި ބޮޑެތި 221 މަޝްރޫއު ހަތަރު ތެރޭގައި ހިންގާފައިވެއެވެ. 1578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލު ބިނާ ކޮށްފައި އެވަނީ ހުސްވި ހަތަރު އަހަރު ތެރޭގައި ރައީސް ސާލިހުގެ ހެޔޮވެރިކަމުގައެވެ. ލެބޯޓްރީއާއި ލައިބްރަރީއާއި ސްޓާފް ރޫމާއި އޮފީސް އިމާރާތާއި ވަށާފާރު ފަދަ 509 އެހެނިހެން ޕްރޮޖެކްޓްތައް އެކި ސްކޫލުތަކުގައި ހިންގާ ޒަމާނީ ފެންވަރަށް މަދަރުސީވެށި ވަނީ ބަދަލުކޮށްލާފައެވެ. 

ބޮޑެތި ވާހަކަ ދައްކާ ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް އޮޅުވާ ނުލެވޭވަރަށް އެހުރީ ކަންކަން ކޮށްފައެވެ. އެތަން ތަނަށް ގޮސް އަމިއްލަ ލޮލުން ދެކި އަތުން ހިފާށެވެ. އަންނަނީ އަންނަނީ އެއް ނޫނެވެ. އެހުރީ އައިސް ނިމިފައެވެ. ކޮށްފައެވެ. ނިންމާފައެވެ. 

]]>
Mon, 23 Jan 2023 15:50:07 +0500 ހީރަސް
އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަން: ރޭޑިއޮގްރަފީ ބައިވެރިން ތަޖުރިބާ ހޯދުން https://heerasnews.com/859 https://heerasnews.com/859 އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަން އަކީ މުޖުތަމައަށް ބޭނުންވާ ފަންނުވެރިން މަދު ދައިރާތަކުން މީހުން ބިނާ ކުރުމަށް ހާއްސަކޮށްގެ ހިންގާ އިންސްޓިއުޝަނެކެވެ.ރޭޑިއޮގްރާފަރުންނަކީ ރާއްޖޭގައި ވަރަށް މަދު އެހެނަސް އިންތިހާއަށް ބެނުން ބައެކެވެ. އެކަން އެސްޓީއޯއަށް ފާހަގަކުރެވި އެންމެ ފުރަތަމަ ވެސް އިސްކަން ދިން އެއްކަމަކީ ރޭޑިއޯގްރަފީގެ ރޮގުން މީހުން ބިނާ ކުރުމެވެ.

އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުން މީހުން ބިނާ ކުރުމުގައި އެ ދައިރާއެއްގެ މައުލޫމަތާ އަމަލީ ތަޖުރިބާ ބައިވެރިންނަށް ވީހާވެސް ފުޅާކޮށް ފޯރުކޮށް ދިނުމަކީ އެހާމެ އިސްކަންދޭ ކަމެކެވެ. އެގޮތުން އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުގައި މިހާރު ހިންގަމުންދާ ރޭޑިއޯގްރަފީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް ވެސް އެފުރުސަތު ގެންދަނީ ހޯދާ ދެމުންނެވެ. ވީހާވެސް ފުޅާ ދާއިރާއެއްގައެވެ. އެއްތަނަށް ވުރެ ގިނަ ތަންތަނުންނެވެ.

އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުގައި ހިންގަމުންދާ ރޭޑިއޮގްރަފީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް މައުލޫމާތާއި ތަޖުރިބާ ހޯދާ ދިނުމުގެ ސިލްސިލާއެއް ފަށައިގެން ކުރިއަށް މިހާރު އެބަގެން ދެއެވެ. މާލޭގެ ބައެއް ބޮޑެތި ހޮސްޕިޓަލް ތަކަށް ބައިވެރިން ޒިޔާރަތް ކުރުވައިގެންނެވެ.

ރޭޑިއޮގްރަޕީ ޑިޕްލޮމާ ކޯހުގެ ދަރިވަރުން ހުޅުމާލެ ހޮސްޕީޓަލަށް ޒިޔާރަތްކޮށް ރޭޑިއޮގްރަޕީގެ އާލާތްތަކާއި ރައްކާތެރިކަމުގެ މިންގަނޑުތައް ދެނެގަތެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ރޭޑިއޯގްރަފީ ޑިޕަރޓްމަންޓަށް އެ ދަރިވަރުން ކުރި ޒިޔަރަތުގައި އެ ހޮސްޕިޓަލްގެ ރޭޑިއޮގްރަފީގެ ކަންކަމާއި ސަލާމަތީ މިންގަދުތައް ދަލާ ދަސްކުރިއެވެ.

ބައިވެރިން އައިޖީއެމްއެޗަށް ކުރި ޒިޔާރަތުން ވެސް ދެނެގަނެ ދަސްކުރީ ރޭޑިއޮލޮޖީ އާލަތްތަކާއި އެ ތަކެތި ބޭނުންކުރުގައި ރައްކާތެރިވަންޖެހޭ

ކަންކަމާއި ސަލާމަތީ މިންގަނޑުތަކެވެ.

އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުގެ ރޭޑިއޮގްރަފީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް އެކުދިން ޒިޔާރަތްކުރި ހޮސްޕިޓަލްތަކުން ދިން އެއްބާރުލުމާއި އެހީތެރިކަމާއި މެހެމާންދާރީ އަށް އެސްޓީއޯއިން ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރެއެވެ.

]]>
Mon, 02 Jan 2023 00:28:03 +0500 ހީރަސް