Maldives Real Time Facts & : ބިދޭސީ ހަބަރު https://heerasnews.com/rss/category/ދުނިޔެ Maldives Real Time Facts & : ބިދޭސީ ހަބަރު dv ކޮޕީރައިޓް: Heeras news llp (P01362021) ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 341 ސަރަޙައްދެއް https://heerasnews.com/4601 https://heerasnews.com/4601 އިންޑިއާގެ ކެރެލާއަކީ އެންމެ ގިނައިން ދިވެހިން ދާ އެއްތަނެވެ. ކޮންމެ ދުވަހަކު ކެރެލާއަށް އަރާފައިބާ މީހުންގެ އަދަދު 200އަށް ވުރެ މައްޗެވެ. ދިވެހިން ކެރެލާއިން ގޮސް އުޅެނީ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އާއި އިރުނާކުލަމް ( ކޮޗިން) އަށެވެ. އެހެން ކަމުން ކެރެލާގައި ދަތުރު ފަތުރުކޮށް އުޅުމުގައި އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތައް އެނގުމަކީ މުހިންމު ކަމެކެވެ.

ކެރެލާގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 341 ސަރަޙައްދެއް ފާހަގަކޮށްފައިވެއެވެ. އެކްސިޑެންޓްގެ ހާލަތު އެންމެ ގޯހީ ތިރުވަނަންތަޕޫރަމްގައެވެ. ކެރެލާގެ އެކި ސަރަޙައްދުތަކުގައި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެ ސްޓޭޓްގެ ރޯޑް ސޭފްޓީ އޮތޯރިޓީން ވަނީ އެންމެ ނުރައްކާތެރި ސަރަޙައްދުތައް ދެނެގަނެ އެފަދަ ހުރިހާ ތަނެއް ހިމެނޭ ރިޕޯޓެއް ސަރުކާރަށް ހުށަހަޅާފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގާ 341 "ހައި ޕްރިއޮރިޓީ ބްލެކްސްޕޮޓް" ނުވަތަ ނުރައްކާތެރި ސަރަޙައްދު ކެރެލާގައި އޮވެއެވެ. ރިޕޯޓުގައި ވާގޮތުން 2016 އާއި 2018 އާ ދެމެދު އެކަނި ވެސްް މި ސަރަޙައްދު ތަކުގައި ހިނގި އެކްސިޑެންޓްތަކުގައި 1730 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ރިޕޯޓުގައިވާ ގޮތުން، އެންމެ ގިނަ ނުރައްކާތެރި ސަރަޙައްދުތައް ހުރީ ތިރުވަނަންތަޕޫރަމްގައެވެ. އެ ޑިސްޓްރިކްޓުން ފާހަގަކުރެވުނު 65 ސަރަޙައްދެއްގައި ހިނގި އެކްސިޑެންޓްތަކުގައި 363 މީހުން މަރުވެފައިވެއެވެ. ލިސްޓުގެ އެންމެ ކުރީގައިވާ އެންމެ ނުރައްކާތެރި ދިހަ ސަރަޙައްދުގެ ތެރެއިން ހަތަރު ތަނެއް ހިމެނެނީ ވެސް ތިރުވަނަންތަޕޫރަމްގައެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ތިރުވަނަންތަޕޫރަމްގެ ކަރަމަނާގައިވާ ޕައްޕަނަމްކޯޑް ޖަންކްޝަނެވެ.

ތިން އަހަރު (2016، 2017، 2018) ތެރޭގައި އެ ސަރަޙައްދުގައި ހިނގި 102 އެކްސިޑެންޓެއްގައި 15 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ލިސްޓުގައި ހިމެނެނީ ތިރުވަނަންތަޕޫރަމްގެ ކަރަމަނާ ޖަންކްޝަން، ބަލަރާމަޕޫރަމް ކޮޑިނާޑާ ޖަންކްޝަން އަދި އީސްޓް ފޯޓް ޖަންކްޝަނެވެ.

ތިރުވަނަންތަޕޫރަމްއަށް ފަހު ދެން އެންމެ ގިނަ ނުރައްކާތެރި ސަރަޙައްދުތައް ހުރީ އިރުނާކުލަމްގައެވެ. އެ ޑިސްޓްރިކްޓުގައި އެފަދަ 58 ސަރަޙައްދެއްވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އަންގަމާލީ ޖަންކްޝަނުގައި ހިނގި އެކްސިޑެންޓެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ހިމެނޭހެން ހަތަރު މީހަކު މަރުވެފައިވެއެވެ. މިއީ އެ މީހުން ދަތުރުކުރި އޮޓޯ ރިކްޝާއެއް ބަހެއްގައި ޖެހިގެން ހިނގި ހާދިސާއެކެވެ. އަންގަމާލީ ޖަންކްޝަނުގައި ހިނގި 83 އެކްސިޑެންޓެއްގައި 12 މީހުން މަރުވެފައިވާއިރު، މުޅި ސްޓޭޓްގެ ނިސްބަތުން މިއީ 6 ވަނައަށް އެންމެ ނުރައްކާތެރި ސަރަޙައްދެވެ.

ކޮޗީއަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނަކު އެޑަޕަލީ-ޕަލަރިވައްޓޮމް މަގުގައި ހުރި ވަޅުގަނޑަކަށް ސައިކަލު އެރުމުގެ ސަބަބުން ވެއްޓި، ލޮރީއެއްގެ ދަށުވެވެސް މަރުވެފައިވެއެވެ. މި މަގުގައި އޮންނަ ޗަންގަމްޕުލާ ޖަންކްޝަނަކީ 341 ނުރައްކާތެރި ސަރަޙައްދުގެ ލިސްޓުގެ 205 ވަނައިގައި އޮތް ތަނެވެ.

އެންމެ ނުރައްކާތެރި 10 ސަރަޙައްދުގެ ތެރޭގައި ކޮއްލަމްގެ ޕަރިމާނަމް ފައްޅި ސަރަޙައްދާއި، މަލައްޕޫރަމްގެ ކުއްޓިޕޫރަމް އާއި، ޗަންދިރޫރުގެ ތުރަވޫރު ޖަންކްޝަން އަދި އަލަޕޫޅާގެ ހަރިޕާޑް ހިމެނޭއިރު ކާސަރަގޯޑަކީ އެއްވެސް ނުރައްކާތެރި "ބްލެކްސްޕޮޓް" އެއް ނެތް ހަމައެކަނި ޑިސްޓްރިކްޓް ކަން ފާހަގަ ކޮށްލެވެއެވެ. ކަންނޫރު އާއި ވަޔަނާޑް އަދި އިޑުއްކީ ޑިސްޓްރިކްޓުން ކުރެ ކޮންމެ ޑިސްޓްރިކްޓަކުން ފާހަގަކުރެވިފައިވަނީ ނުރައްކާތެރި އެންމެ ސަރަޙައްދެކެވެ. 

]]>
Mon, 21 Sep 2026 00:31:01 +0500 ނިއުސް ޑެސްކް
އިންޑިއާގައި އަނެއްކާވެސް މިސްކިތެއް ނައްތާލަނީ https://heerasnews.com/4599 https://heerasnews.com/4599 މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަން (ބީ.އެމް.ސީ) އިން މުމްބާއީގެ ޗާތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓް (ސީ.އެސް.އެމް.އައި.އޭ) ހިންގާ އިދާރާތަކަށް ނޯޓިސްއެއް ފޮނުވައި، އެއާޕޯޓާ އިންވެގެން ހުރި މިސްކިތަށް ދީފައިވާ ފެނުގެ ހިދުމަތަކީ ގަވާއިދާ ހިލާފަށް ދީފައިވާ ހިދުމަތެއް ކަމަށް ބުނެ، އެ ކަނެކްޝަން ވަގުތުން ކަނޑާލުމަށް އަންގައިފިއެވެ.

ކަމާބެހޭ އިދާރާތަކުން މި ފިޔަވަޅު އަޅާފައިވަނީ، "ގަވާއިދާ ހިލާފަށް" ބިނާކޮށްފައިވާ ދީނީ ތަން ނައްތާލުމަށް މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެމް.އާރް.ޑީ.އޭ) އިން އެއާޕޯޓްގެ އިސްވެރިންނަށް އެންގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ބީ.އެމް.ސީ އިން އެއާޕޯޓްގެ އެގްޒެކެޓިވް އިންޖިނިއަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މިސްކިތަށް ގާނޫނީ ގޮތުން ފެނުގެ ހިދުމަތް ދޫކޮށްފައިވާކަމުގެ އެއްވެސް ރެކޯޑެއް އެ އިދާރާގައި ނެތް ކަމަށެވެ.

"ވީމާ، އެއާޕޯޓްގެ ޓާމިނަލް 2 ގައި ހުރި މިސްކިތަށް ފެނުގެ ހިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއިން (ބީ.އެމް.ސީ) ދޫކޮށްފައިވާ ހުއްދައިގެ ކޮޕީއެއް ހުށަހެޅުމަށް ނުވަތަ 7 ދުވަހުގެ ތެރޭގައި ފެން ކަނޑާލުމަށް އަންގަމެވެ. މިގޮތަށް އަމަލުނުކޮށްފިނަމަ، މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (އެމް.އެމް.ސީ) ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ،" ބީ.އެމް.ސީގެ ނޯޓިސްގައި ބުނެފައިވެއެވެ.

މީގެ ކުރިން، ސެޕްޓެމްބަރު 8 ވަނަ ދުވަހު، ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) ގެ ލީޑަރު އަދި ކުރީގެ މެންބަރު ކިރިތު ސޯމައްޔާ ވަނީ މުމްބާއީ އެއާޕޯޓްގެ ޓާމިނަލް 2 ކައިރީގައި ހުރި މިސްކިތް ނައްތާލުމަށް ގޮވާލާފައެވެ. ސޯމައްޔާ ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، އެ މިސްކިތް ހިންގަމުންދަނީ އެއާޕޯޓްގެ ބައިނަލްއަގުވާމީ ޓާމިނަލްގެ ޓެކްސީ ސްޓޭންޑް ސަރަހައްދުގައި އެއްވެސް ސައްހަ ހުއްދައެއް ނެތި ކަމަށެވެ.

މިއާ ގުޅިގެން އެމް.އެމް.އާރް.ޑީ.އޭ އިން ވަނީ އެއީ ގަވާއިދާ ހިލާފު ބިނާއެއް ކަމަށް ކަނޑައަޅައި، އެއާޕޯޓް ސަރަހައްދު ތަރައްގީކުރުމުގެ ވަގުތީ ޕްލޭންގައި އާންމުކޮށް އަޅުކަން ކުރާނެ ތަނެއް ގާއިމުކުރުމަށް އެއްވެސް ޖާގައެއް ދީފައި ނުވާނެ ކަމަށް ބުނެފައެވެ.

"ހަތަރު ހަފުތާގެ ތެރޭގައި އެ ތަން ހުސްކުރުމަށް އެމް.އެމް.އާރް.ޑީ.އޭ އިން މިހާރު ވަނީ މިސްކިތަށް ނޯޓިސް ފޮނުވާފައެވެ. އެހެން ނޫންނަމަ އެ ތަން ތަޅާލެވޭނެއެވެ. ބީ.އެމް.ސީގެ ނޯޓިސްއިން ވެސް އެ ބިނާގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަން ސާފުވެއެވެ. އަދި އެ ތަން ވަގުތުން ތަޅާލުމުގެ މަސައްކަތް ފެށުމަށް އެދި މިއަދު މުމްބާއީ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާނަން،" ސޯމައްޔާ 'ދަ އިންޑިއަން އެކްސްޕްރެސް' އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެމް.އެމް.އާރް.ޑީ.އޭ އިން ނެރުނު ބަޔާނުގައި، މި މައްސަލައިގެ މުޅި ޒިންމާ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމް.އައި.އޭ.އެލް) އިން އުފުލަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެމް.އާރް.ޑީ.އޭ) އިން އިތުރަށް ފާހަގަކޮށްފައިވަނީ، އެއާޕޯޓްގެ ބިން ބޭނުންކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން އެ ސަރަހައްދަކީ ހަމައެކަނި އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ހާއްސަކުރެވިފައިވާ ބިމެއް ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ދީނީ ބިނާއެއް އެތަނުގައި ހުރުމަކީ ސަލާމަތީ ގޮތުންނާއި އިދާރީ ގޮތުން ބަލާއިރު އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެ އިދާރާއިން ދެކެއެވެ.

އެއާޕޯޓް ހިންގާ ކުންފުނި، މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމް.އައި.އޭ.އެލް) އަށް ފޮނުވި ރަސްމީ ލިޔުންތަކުގައި ބަޔާންކޮށްފައިވަނީ، މިސްކިތް ހުރި ބިމަކީ ސަރުކާރުން އެއާޕޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާ ބިމަކަށް ވާތީ، އެ ބިމުގައި ހިނގާ އެންމެހައި ގަވާއިދާ ހިލާފު ހަރަކާތްތަކެއް ހުއްޓުވުމަކީ އެ ކުންފުނީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުމްބާއީގެ ސިޔާސީ މަސްރަހުގައި ވެސް ބަހުސްތަކެއް އުފެދިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ނިންމާފައިވަނީ ދީފައިވާ މުހުލަތުގެ ތެރޭގައި އެ ބިނާ ހުސްނުކޮށްފިނަމަ، ފުލުހުންގެ އެހީތެރިކަމާއެކު އެ ތަން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ބީ.އެމް.ސީ އާއި އެމް.އެމް.އާރް.ޑީ.އޭ އިން އަންނަނީ މި މައްސަލައިގައި ގުޅިގެން ފިޔަވަޅުތައް އަޅަމުންނެވެ.

]]>
Sun, 20 Sep 2026 10:10:40 +0500 ނިއުސް ޑެސްކް
ޕޮލިސް ސްޓޭޝަނަކަށާއި މިސްކިތަކަށް ހަމަލާދީ ގިނަ ބަޔަކު މަރައިފި https://heerasnews.com/4596 https://heerasnews.com/4596 ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ ތެރޭގައި ހުރި މިސްކިތަކަށް، ހުކުރު ނަމާދު ވަގުތުގައި ދިން ނުރައްކާތެރި ހަމަލާއެއްގައި މަދުވެގެން 16 މީހުން މަރުވެ، 57 މީހުން ޒަހަމްވެއްޖެ ކަމަށް ރޮއިޓާސްއާ ހަވާލާދީ އޮފިޝަލުން ހާމަކޮށްފިއެވެ.

ހައިބަރް ޕަހުތުންހުވާގެ ކޮހާޓްގައި ހުންނަ ފުލުހުންގެ މި މަރުކަޒަށް ހަމަލާދީފައިވަނީ ގޮވާތަކެތި ހަރުކޮށްފައިވާ އުޅަނދެއް ފާރުގައި ޖައްސައި ގޮއްވާލައިގެންނެވެ. އެއަށްފަހު ހަތިޔާރު އެޅި ހަމަލާދޭ މީހުން ބަޑީގެ ހަމަލާތައް ދޭން ފެށުމުން، ސަލާމަތީ ބާރުތަކާއި އެމީހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.

މަރުވި މީހުންގެ ތެރޭގައި ފަސް ފުލުހުން ހިމެނެއެވެ. މި ގޮވުމުގެ ސަބަބުން މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ވަނީ ކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިނުމުގައި ބައިވެރިވި ހަތް މީހުންވެސް ގޮވުމާއި ބަޑީގެ ހަމަލާތަކުގައި ވަނީ މަރުވެފައެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު، ޕާކިސްތާނުގެ ތާލިބާން ޖަމާއަތް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ) އިން ވަނީ މި ހަމަލާގައި ބައިވެރިނުވާ ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރު ބޯޑަރު ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މިފަދަ ހަމަލާއެއް މިވަނީ ދީފައެވެ.

ހުކުރު ނަމާދު ވަގުތު ހިނގި ނުރައްކާތެރި ހާދިސާ

މި ހަމަލާ ދިން ވަގުތަކީ ގިނަ އަދަދެއްގެ ފުލުހުންނާއި އެމީހުންގެ އާއިލާތަކުގެ މެންބަރުން ހުކުރު ނަމާދަށް މިސްކިތަށް އެއްވެ ތިބި ވަގުތެކެވެ. އާދައިގެ މަތިން ފެށުނު ހުކުރު ނަމާދު މެދުކެނޑިގެން ދިޔައީ ބާރުގަދަ ގޮވުމަކާއި ބަޑީގެ ހަމަލާތަކުގެ ސަބަބުންނެވެ.

ޕާކިސްތާނު ސަރުކާރުން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، މިކަމުގެ ފަހަތުގައިވަނީ ކޮން ބައެއްތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

]]>
Fri, 18 Sep 2026 22:41:10 +0500 ނާއިރާ
މަރާލާފައި އޮތް 17 އަހަރުގެ އަންހެން ކުއްޖަކު ފެނިއްޖެ https://heerasnews.com/4593 https://heerasnews.com/4593 ނިއުދިއްލީގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ނިއުދިއްލީ — އުތުރު ދިއްލީގައި  17 އަހަރުގެ އަންހެން ކުއްޖަކު ގްރޫޕަކުން ރޭޕްކޮށް، މަރާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުރާވަރުގެ ހަތަރު ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، މަރުވި އަންހެން ކުއްޖާއަކީ އޭގެ ތެރެއިން އެކަކާ (17 އަހަރުގެ ފިރިހެން ކުއްޖަކާ) ދަންނަ ކުއްޖެކެވެ. އޭނާ އެ ކުއްޖާޔާ ބައްދަލުކުރުމަށް ގޮސްފައިވަނީ ސެޕްޓެމްބަރު 10 ވާ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ތަހުގީގީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، އެ ގްރޫޕުން އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރުމަށްފަހު، ހުސްބިމަކަށް ގެންގޮސް ވަޅިން ހަމަލާދީ ވަނީ މަރާލާފައެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ސެޕްޓެމްބަރު 13 ވީ ހުކުރު ދުވަހު، ސަރޫޕް ނަގަރުގެ ކުޝާކް ރޯޑް ކައިރީގައި އޮންނަ ހުސްބިމަކުންނެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާއިރު، ހަށިގަނޑު އޮތީ ފަތްތަކާއި މަޑުން ފޮރުވައިފައެވެ.

މި މައްސަލައިގައި އުމުރުން 19 އަހަރުގެ ޝިވަމް ގަނޭޝް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާއިރު، 16 އަހަރާއި 17 އަހަރުގެ އިތުރު ތިން ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި ޖަރީމާ ހިންގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅިއާއި ބައެއް އަންނައުނު ފުލުހުން ވަނީ ހޯދާފައެވެ.

މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ފުލުހުން ވަނީ އެ ސަރަހައްދުގެ 50 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާ ޗެކްކޮށް، ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ފެނުނު ޓެމްޕޯއެއްގެ މައުލޫމާތު ހޯދާފައެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި، ފޮރެންސިކް ތަހުލީލުތަކާއި ހައްޔަރުކުރި މީހުން މީގައި ބައިވެރިވި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

]]>
Thu, 17 Sep 2026 21:33:18 +0500 ނާއިރާ
ފުލުހުން މީހަކު ހައްޔަރުކުރަން އުޅެނިކޮށް އޭނާގެ މާބަނޑު އަނބިމީހާ ނިޔާވެއްޖެ https://heerasnews.com/4589 https://heerasnews.com/4589 އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ފީރޯޒްއާބާދުގައި ފޭރުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ފުލުހުން މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި، އޭނާގެ މާބަނޑު އަނބިމީހާ ނިޔާވެއްޖެއެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި 28 އަހަރުގެ އެ އަންހެންމީހާ ނިޔާވީ، ފުލުހުން އޭނާގެ ފިރިމީހާ ގެންދަން އުޅުމުން އެކަން ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުން އޭނާ ކޮއްޕާލުމުގެ ސަބަބުންނެވެ.

މި ހާދިސާއާ ގުޅިގެން އިހުމާލުވި ކަމަށް ބަލައި ދެ ސަބް އިންސްޕެކްޓަރުން ހިމެނޭހެން ހަ ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް، ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ކުރެވުނު ތަހުގީގުން އެއްވެސް ފުލުހަކު އެ އަންހެންމީހާއާ މެދު ނުރަނގަޅުކޮށް އަމަލުކޮށްފައިވާ ނުވަތަ ކޮއްޕާލާފައިވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ލަބްހައުއާ އަވަށުގެ ފިހާރައަކުން ވައްކަން ކުރި މައްސަލައެއްގައި ގޯރަވް ކުމާރު ނަމަކަށް ކިޔާ މީހަކު ހިމެނޭހެން ދެ މީހަކަށް ތުހުމަތު ކުރެވިގެން، އޭނާ ހައްޔަރުކުރުމަށް ފުލުހުން އެ ގެއަށް ދިޔައީ އާދީއްތަ ދުވަހުގެ ރޭގައެވެ.

ގޯރަވްގެ ބޭބެ ވިޖޭ ސިންގް ބުނި ގޮތުގައި، ގޯރަވްގެ އަނބިމީހާ އަންޖަލީ ވަަރުމާ ހުރީ އަށް މަހާއި ބައިގެ މާބަނޑު ހާލަތުގައެވެ. އޭނާގެ ހާލަތަށް ރިއާޔަތްކޮށް ފިރިމީހާ ނުގެންދިއުމަށް އާދޭސްކޮށް ރޮމުން ދަނިކޮށް، ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އޭނާ ކޮއްޕާލީ ކަމަށް ވިޖޭ ތުހުމަތު ކުރެއެވެ.

މުހިންމު ނުކުތާތައް:

• ފޭރުމުގެ މައްސަލައެއްގައި ސުވާލުކުރުމަށް ގޯރަވް ކުމާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި، އޭނާގެ މާބަނޑު އަނބިމީހާ އަންޖަލީ ވަަރުމާ (28 އަހަރު) ވަނީ ނިޔާވެފައެވެ. އާއިލާއިން ބުނާ ގޮތުގައި އޭނާ ނިޔާވީ ފުލުހުން އޭނާ ކޮއްޕާލުމުގެ ސަބަބުންނެވެ.

• މި ހާދިސާ ހިނގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އަންޖަލީއަށް ވިހެއުމުގެ ވޭންވަރު އަރައި، ހޯމަ ދުވަހުގެ ހެނދުނު ސަރުކާރު ހޮސްޕިޓަލެއްގައި ފިރިހެން ކުއްޖަކު ވިހާފައިވެއެވެ. ނަމަވެސް އޭނާގެ ހާލަތު އިތުރަށް ގޯސްވެ، އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރި ފަހުން ވަނީ ނިޔާވެފައެވެ.

• އަލަށް އުފަންވި ތުއްތު ކުއްޖާގެ ހާލު އަދިވެސް ސީރިއަސްއެވެ.

• މި މައްސަލައިގައި އިހުމާލުވި ކަމަށް ބަލައި ދެ ސަބް އިންސްޕެކްޓަރުން ހިމެނޭހެން ހަ ފުލުހަކު ވަނީ ސަސްޕެންޑްކޮށްފައެވެ. ފީރޯޒްއާބާދުގެ އެސް.އެސް.ޕީ އަދިތްޔާ ލަންގޭ ވަނީ މިކަން ތަހުގީގު ކުރުމަށް އަމުރުކުރައްވާފައެވެ.

• ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގޯރަވް މިހާރު ވަނީ ދޫކޮށްލާފައެވެ.

• ކުށްވެރިވާ ފުލުހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި ލަބްހައުއާ އަވަށުގެ މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ.

• ބީމް އާމީގެ ވެރިޔާ ޗަންދުރަޝޭކަރް އާޒާދު ވަނީ މިކަން އިންސާފުވެރިކޮށް ތަހުގީގުކޮށް، މަސްއޫލުވެރިންނަށް އަދަބު ދިނުމަށާއި އަދި އަނިޔާލިބުނު އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

]]>
Wed, 16 Sep 2026 13:58:29 +0500 ހީރަސް
އައިފޯނެއް ގަންނަން ކުޑަ ކުއްޖަކު ކުދިބަޔަކު ލައްވާ ކާފަ މަރާލައިފި https://heerasnews.com/4586 https://heerasnews.com/4586 އިންޑިއާގެ ކެރެލާ ސްޓޭޓްގެ އަލަޕުއްޒާގައި އޮންނަ ކަރުވައްޓާ އަވަށުގައި ހުރި ގެއެއްގެ ތެރޭގައި އުމުރުން 65 އަހަރުގެ ފިރިހެނަކު މަރާލި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން، އެ މީހާގެ 13 އަހަރުގެ ކާފަ ދަރިފުޅާއި އިތުރު ތިން ކުޑަކުދިން ހައްޔަރުކޮށްފިއެވެ.

ކޮލަމްގެ ނެދުންގޯލަމްއަށް ނިސްބަތްވާ ސިވަންކުއްޓީ ޗެއްޓިޔާރު ފެނުނީ ކުއްޔަށް އުޅޭ ގޭގެ ތެރޭގައި މަރުވެފާ އޮއްވައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ މަރު ރާވާފައިވަނީ ގްރޭޑް 8 ގައި ކިޔަވާ އަންހެން ކުއްޖެކެވެ. އެކުއްޖާ މި މަރު ރާވާފައިވާއިރު، އަމަލީ ގޮތުން އެކަމުގައި ބައިވެރިވީ އެހެން ތިން ކުދިންނެވެ.

ސިވަންކުއްޓީ އެ ގޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ ކާފަ ދަރިފުޅާ އެކުގައެވެ. އަވަށްޓެރިންނަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ އެރޭގެ ވަގުތެއްގައެވެ.

އޭނާ ފެނުނުއިރު އަތާއި ފައި އޮތީ ބެޑްޝީޓާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ފުރަގަހަށް ބަނދެފައެވެ. ފުލުހުން ލަފާކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. ހަށިގަނޑު ކައިރިއަށް މިރުސް ކުނޑި ބުރުވާފައި ހުރިއިރު، ނިދާކޮޓަރީގެ އަލމާރީ ހުރީ ހަލާކުކޮށްލާފައެވެ. އަދި އެތަނުން ރަނާއި ފައިސާ ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލައިގެ ތަހުގީގު ފުރަތަމަ އަމާޒުކުރީ ފޭރުމުގެ އަމަލަކަށް ވިޔަސް، ފަހުން ފުލުހުން ވަނީ އާއިލާގެ ތެރެއިން ހެކި ހޯދަން ފަށާފައެވެ. މި މައްސަލައިގައި ކުރިއެރުމެއް ލިބުނީ ފޯން ރެކޯޑްތައް ބެލުމުގެ ތެރެއިންނެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި، މަރާލުމަށްފަހު އެ ތިން ކުދިން ވަނީ މަރާލި މަންޒަރު ފޯނުން އެ އަންހެން ކުއްޖާއަށް ދައްކާފައެވެ. ފުރަތަމަ ތަހުގީގުން އެނގޭ ގޮތުގައި މިކަން ކުރީ އަންހެން ކުއްޖާއަށް އައިފޯނެއް އަދި އަނެއް ކުދިންނަށް ސައިކަލު ގަތުމަށް ފައިސާ ހޯދުމަށެވެ.

މީގެ އިތުރުން، އަންހެން ކުއްޖާ ގިނަގިނައިން ފޯނު ބޭނުންކުރުމާއި ލަހުން ގެއަށް އަންނާތީ ސިވަންކުއްޓީ އަބަދު އެއްޗެހި ކިޔާތީ، އޭނާއާ މެދު އެ ކުއްޖާގެ ހިތުގައި ނުރުހުން އުފެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ މި ތިން ކުދިންނާ ރައްޓެހިވީ ކޮލަމްގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށާއި، މި މަރު ހިންގީ އެކުދިން ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގިއިރު ސިވަންކުއްޓީގެ އަންހެނުން އޮތީ ދަރިއަކު ވިހައިގެން ހޮސްޕިޓަލުގައެވެ. އަދި އޭނާގެ އަނެއް ދަރިފުޅު ހުރީ ގައުމުން ބޭރުގައެވެ. އެ ދެ ދަރިންނަށްޓަކައި އެ ގޭގެ ކައިރީގައި ދެ ގެއެއް އިމާރާތް ކުރަމުން ދިޔައެވެ.

ސިވަންކުއްޓީގެ ހަށިގަނޑު މިހާރު އޮތީ ހަރިޕާދު ތާލުކް ހޮސްޕިޓަލުގައެވެ. ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ފުލުހުންގެ ސާޖަންގެ ބެލުމުގެ ދަށުން އަލަޕުއްޒާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ކުރިއަށްދާނެއެވެ.

]]>
Tue, 15 Sep 2026 10:38:59 +0500 ނިއުސް ޑެސްކް
ގާނޫނާ ހިލާފަށް އެއްވުމެއް ބާއްވައިގެން 200 މީހަކު ތަހުގީގަށް https://heerasnews.com/4584 https://heerasnews.com/4584 ހުއްދަ ހޯދުމެއްނެތި ސައިދާޕެޓްގައި މިދިޔަ ހޮނިހިރު ދުވަހު (12 ސެޕްޓެމްބަރު) މުޒާހަރާކުރި މައްސަލައިގައި، ޑީ.އެމް.ކޭގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އޭ ރާޖާ އާއި، ކުރީގެ ވަޒީރުން ކަމަށްވާ މާ ސުބްރަމާނިއަމް އަދި ޕީ.ކޭ ސޭކަރުބާބޫގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އާރް.އެސް ބާރަތީ އާއި މޭޔަރު އާރް ޕްރިޔާ ހިމެނޭހެން އެ ޕާޓީގެ އިސް 200 އަށްވުރެ ގިނަ މެންބަރުންގެ މައްޗަށް އާދީއްތަ ދުވަހު (13 ސެޕްޓެމްބަރު) ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ ބާރަތިޔާ ނިޔާޔާ ސަންހިތާގެ 189 ވަނަ މާއްދާގެ ދަށުން، ގާނޫނާ ހިލާފަށް އެއްވުން ބޭއްވުމުގެ ކުށުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޑީ.އެމް.ކޭ އިން މުޅި ސްޓޭޓްގައި މުޒާހަރާކޮށްފައިވަނީ، އެސެމްބްލީގައި ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭ، ޕާޓީގެ ރައީސް އެމް.ކޭ ސްޓާލިން އަދި ކުރީގެ ޗީފް މިނިސްޓަރު އެމް ކަރުނާނިދީއަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.

މި މުޒާހަރާގެ ތެރޭގައި ޑީ.އެމް.ކޭގެ ބައެއް އިސްވެރިން ވަނީ ޗީފް މިނިސްޓަރު ވިޖޭއަށާއި އޭނާގެ ވަޒީރުންނަށް އަމާޒުކޮށް ޒާތީގޮތުން ފާޑުކިޔައި ބަހުގެ ހަމަލާތައް ދީފައެވެ.

                    

]]>
Mon, 14 Sep 2026 13:05:11 +0500 ނިއުސް ޑެސްކް
ސިލްސިލާކޮށް ބުޅާ މަރާ މީހަކު ހައްޔަރުކޮށްފި https://heerasnews.com/4581 https://heerasnews.com/4581 މަހާރާޝްތްރާގެ ޗެމްބޫރުގެ ޕަންޖްރަޕޯލް ސަރަހައްދުގައި ގިނަ އަދަދެއްގެ ބުޅާތަކެއް މަރަމުންދިޔަ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އާރު.ސީ.އެފް ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޝިވާ ނަމަކަށް ކިޔާ، ގެދޮރެއް ނެތް މީހެކެވެ. އޭނާއަކީ ޗެމްބޫރުގެ ޕަންޖްރަޕޯލް ސަރަހައްދުގައި އާންމުކޮށް އުޅޭ މީހެކެވެ.

ފުލުހުން ޝިވާ ހައްޔަރުކުރީ ކަމަވާޑީ، ޕަންޖްރަޕޯލް އަދި ޝާނީ މަންދިރު ސަރަހައްދުތަކުގެ ސީ.ސީ.ޓީ.ވީ ފުޓޭޖްތައް ބެލުމަށްފަހުގައެވެ. ސުވާލުކުރުމުން، ހަ ބުޅަލަށްވުރެ ގިނަ ބުޅާ މަރާފައިވާނެކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޯގަސްޓް މަހުގެ މެދެއްހާ ހިސާބުން ފެށިގެން އެ ސަރަހައްދުން މަދުވެގެން 20 ބުޅާ މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ކުރާ ބަޔަކު ހޯދުމަށް މައުލޫމާތު ދޭ ފަރާތަކަށް 50,000 ރުޕީސްގެ ފައިސާގެ އިނާމެއް ދޭނެކަމަށް ޕެޓާ އިންޑިއާއިން ކުރިން އޮތީ އިއުލާންކޮށްފައެވެ.

ދާދި ފަހުން، އެ ސަރަހައްދުގައި ބުޅަލަށް ކާންދޭ މީހެއް ކަމަށްވާ ރުބީނާ ޕަތާންއަށް ވަނީ އެއް ރެއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ހަ ބުޅަލެއް ފެނިފައެވެ.

އާރު.ސީ.އެފް ފުލުހުން  މިހާރު ވަނީ ބީ.އެން.އެސް ގެ 325 ވަނަ މާއްދާގެ ދަށުންނާއި، ޖަނަވާރުންނަށް ކުރާ އަނިޔާ ހުއްޓުވުމާބެހޭ ގާނޫނުގެ ދަށުން މި މައްސަލަ ރަސްމީކޮށް ރިޕޯޓުކޮށް ތަހުގީގު ފަށާފައެވެ.

ރަހުމުކުޑަ މި އަމަލު ހިންގަން މެދުވެރިވި ސަބަބާއި، ޝިވާގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.                

]]>
Sun, 13 Sep 2026 10:59:55 +0500 ނިއުސް ޑެސްކް
ބައްޕަ މަރާލުމުގައި ދަރިފުޅު ބައިވެރިވާކަމަށް ތުހުމަތު ކުރެވެނީ https://heerasnews.com/4578 https://heerasnews.com/4578 ބޭސްފަރުވާގެ ސާމާނު ވިއްކާ ވިޔަފާރިވެރިއެއް ކަމަށްވާ ވިނީތު މަނޯޗާ ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ އަމިއްލަ ގޭގައެވެ. ވަޅިން ހަމަލާދީ އޭނާ މަރާލިތާ ފަސް ދުވަސް ފަހުން، މި މަރުގެ ރޭވުން އެނގެނީ ކޮން ބަޔަކަށްތޯ ބެލުމަށް ކުރެވޭ ތަހުގީގުގެ މިސްރާބު އޭނާގެ ދަރިފުޅު ސުބްރަތު މަނޯޗާއަށް އަމާޒުވެއްޖެއެވެ.

މައްސަލައިގެ ތަހުގީގުގައި ފުލުހުން އެންމެ ބޮޑަށް ތުހުމަތުކުރަނީ ސުބްރަތުގެ އަންހެނުން ޝާލޫ މަނޯޗާއަށެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މަރު ރޭވުމުގައި ޝާލޫ ބައިވެރިވެފައިވާ އިރު، އޭނާ ވަނީ ވިޝާލް ގޯތަމް އަދި ރާޖް ކިޝޯރު ނަމަކަށް ކިޔާ ދެ މީހަކަށް ފައިސާ ދީގެން މި ޖަރީމާ ހިންގުވާފައެވެ.

ނަމަވެސް ޝާލޫގެ އާއިލާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. ޝާލޫގެ ބޭބެ ދީރަޖް އަރޯރާ އަދި ދައްތަ ސޯނިއާ މެހެރޯތުރާ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، ޝާލޫ އެފަދަ ކަމެއް ރާވާފާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަރޯރާ ބުނި ގޮތުގައި ޝާލޫއަކީ ވިނީތުއާ ވަރަށް ގާތް ގުޅުމެއް އޮންނަ، އޭނާގެ ކެއުމާއި ދިރިއުޅުމުގެ ކަންކަން ބަލަހައްޓައިދޭ މީހެކެވެ. އަދި މި ހާދިސާއާ ގުޅިގެން ސުބްރަތު ހަނުހުންނަ ސަބަބާ މެދު އޭނާ ސުވާލު އުފެއްދިއެވެ.

ފުލުހުން މިހާރު ބަލަމުންދަނީ މި ރޭވުމުގެ މައުލޫމާތު ސުބްރަތަށް އެނގޭތޯއެވެ. ކޮމިޝަނަރު އޮފް ޕޮލިސް ރަގުބީރު ލާލް ވިދާޅުވި ގޮތުގައި ސުބްރަތު އަދި ހައްޔަރުކޮށްފައި ނުވި ނަމަވެސް، އޭނާގެ ފޯނު ކޯލް ރެކޯޑުތަކާއި އެހެނިހެން މައުލޫމާތުތައް ދަނީ ދިރާސާކުރަމުންނެވެ. އަދި ތަހުގީގުން އޭނާގެ ބައިވެރިވުމެއް އޮތްކަން ހާމަވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ހޯދަން މަސައްކަތްކުރާ އެއް ކަމަކީ، ފިރިމީހާއަށް ނޭނގި ޝާލޫ ވިޝާލްއާ މުއާމަލާތްކޮށް މި މަރު ރޭވީ ކިހިނެއްތޯއެވެ. ފުލުހުން ބުނާ ގޮތުގައި ޝާލޫ ވަނީ ސުބްރަތުއާ އެކު ޕާޓީއަކަށް ދިއުމުގެ ކުރިން، ވިޝާލް އާއި ރާޖް އެޕާޓްމަންޓަށް ވައްދައި އޭނާގެ ނިދާކޮޓަރީގައި ފޮރުވާފައެވެ.

މި ދެމަފިރިން ރޭގަނޑު 10:30 ހާއިރު ގެއިން ނުކުމެ، އެނބުރި ގެއަށް އައީ ފަތިހު 3:00 ހާއިރުއެވެ. ވިނީތުގެ ހަށިގަނޑު ފެނުނީ އެމީހުން ގެއަށް އައި ވަގުތުއެވެ. ފުލުހުން މިހާރު ދަނީ އެ ރޭ ބޭއްވި ހަފުލާގައި ޝާލޫ ނަށަނިކޮށް ފެންނަ ވީޑިއޯތަކަކީ އެ ރޭގެ ވީޑިއޯތަކެއްތޯ ކަށަވަރުކުރަމުންނެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޝާލޫ އާއި ވިޝާލްގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން މުއާމަލާތްތަކެއް ހިނގާފައިވެއެވެ. މީގެ ތިން މަސް ކުރިން ފެށިގެން ޝާލޫ ވިޝާލްއާ ވާހަކަދައްކަން ފަށާފައިވާ އިރު، އޭނާގެ ސިފައަށް ތައުރީފުކޮށް ގާތް ގުޅުމެއް އުފައްދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި ޝާލޫ ވަނީ ވިޝާލްގެ ވިސްނުމާ ކުޅެ، އޭނާ ލައްވައި މި މަރު ހިންގުވުމަށް މަގުފަހިކޮށްފައެވެ.

މި މައްސަލައިގައި ޑިޖިޓަލް ހެކިތަކަކީ ވަރަށް މުހިންމު ބައެކެވެ. މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަރު ހިނގި ދުވަހާ ހަމައަށް މި ދެމީހުންގެ މެދުގައި ބަދަލުކުރެވުނު 49 މެސެޖެއް ފޮހެލާފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި 309 ފޯނު ކޯލު ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ވާޓްސްއަޕް ޗެޓްތައް ފޮހެލާފައިވީ ނަމަވެސް، ކޯލް ރެކޯޑުތައް ފުލުހުން ވަނީ ހޯދާފައެވެ.

ޝާލޫގެ ވަކީލު ޝިވަކާންތު ޑިކްސިޓް ފުލުހުންގެ ވާހަކަތަކަށް އިންކާރު ކުރަމުން ބުނީ، އެ ރޭ ޝާލޫ ދިޔައީ ބޭސް ވިޔަފާރީގެ ދާއިރާގެ މީހުން ބޭއްވި އާދައިގެ ބައްދަލުވުމަކަށް ކަމަށާއި، އެއީ ފުލުހުން ބުނާ ފަދަ "ހައި ސޮސައިޓީ" ޕާޓީއެއް ނޫން ކަމަށެވެ.

އުމުރުން 60 އަހަރުގެ ވިނީތު މަނޯޗާ މަރާލާފައި އޮއްވާ ފެނުނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ. ފުލުހުން އަދިވެސް ދަނީ މި މައްސަލައިގައި ޝާލޫ އާއި އެހެން މީހުންގެ ބައިވެރިވުން އޮތް މިންވަރު ތަހުގީގު ކުރަމުންނެވެ. 

]]>
Fri, 11 Sep 2026 18:09:08 +0500 ނިއުސް ޑެސްކް
ސިންކް ހޯލްގެ ނުރައްކާ ދަނޑުވެރިކަމަށް https://heerasnews.com/4576 https://heerasnews.com/4576 ތުރުކީގެ މެދުތެރޭ ސަރަހައްދުގައި 730 އަށްވުރެ ގިނަ "ސިންކްހޯލް" ނުވަތަ ބިންގަނޑު އަޑިއަށްގޮސް ހެދޭ ވަޅުގަނޑުތައް ހެދިފަި އެބަހުއްޓެވެ. އަދި މިފަދަ ވަޅުގަނޑުތައް އުފެދޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ދަނޑުވެރިންގެ އާމްދަނީއަށާއި ގައުމުގެ ކާނާގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ބިންގަނޑު ކުއްލިއަކަށް އަޑިއަށް ގޮސް ބޮޑެތި ވަޅުގަނޑުތައް އުފެދެނީ، ތުރުކީގެ ދަނޑުވެރިކަމުގެ މައި ހަބް ކަމަށްވާ ކޮންޔާ ޕްރޮވިންސަށް ކުރިމަތިވެފައިވާ ހަނަފަސްކަމާއި، އިންތިޒާމެއްނެތި ބިމުން ފެން ނެގުމުގެ ސަބަބުންނެވެ.

މި ސަރަހައްދުގައި އެންމެ އިސްކަމެއް ދީގެން ހައްދަނީ ތުރުކީގެ ހަކުރު އުފެއްދުމަށް ބޭނުންކުރާ، ގިނަ އަދަދަކަށް ފެން ބޭނުންވާ "ޝުގަރ ބީޓް" އެވެ. މި ތަކެތި ހެއްދުމަށްޓަކައި ދަނޑުވެރިންނަށް މަޖުބޫރުވެފައިވަނީ ހުއްދަ އޮތަސް ހުއްދަ ނެތަސް ވަޅުތަކުން ބިމުގެ އަޑީގެ ފެން ބޭނުންކުރުމަށެވެ.

ގިނަ އަހަރުތަކަކަށް ދެމިގެންގޮސްފައިވާ ހަނަފަސްކަމުގެ ސަބަބުން ބިމުގެ އަޑީގައި ހުންނަ ފެން އާނުވާތީ، މިހާރު ދަނޑުވެރިކަން ކުރަމުންދާ ގޮތަކީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. ބިމުގެ އަޑިން ފެން ނެގުމުގެ ސަބަބުން ގުދުރަތީ ނިޒާމަށް ބުރޫއަރާނެ ކަމަށް މާހިރުން އިންޒާރު ދެމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

މިފަދަ ވަޅުގަނޑުތައް އިތުރުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ނަސީބަކުން މިހާތަނަށް މީގެ ސަބަބުން އެއްވެސް މީހަކު މަރުވެފައި ނުވިނަމަވެސް، މިއީ އެ ސަރަހައްދުގެ ފެނާއި ދަނޑުވެރިކަން ސަލާމަތްކުރުމަށް އޮތް ވަގުތު ކުޑަތަންވަމުންދާކަމުގެ ނިޝާނެކެވެ.      

]]>
Fri, 11 Sep 2026 01:12:04 +0500 ނިއުސް ޑެސްކް
އަނބިމީހާގެ ބޯކަނޑާލާ ފުރިޖުކޮށްފާ އޮއްވާ ފެނުމުން ފިރިމީހާ ހަވާލުވެއްޖެ https://heerasnews.com/4574 https://heerasnews.com/4574 އިންޑިއާގެ އަވަށެއްކަމުގައިވާ ގުވަހާޓީގައި އުމުރުން 25 އަހަރުގެ ރިޔާ ތާލުކްދާރު އޭނާ ދިރިއުޅޭ އެޕާޓްމަންޓް ތެރޭގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

އިންޑިއާގައި ހިނގާ މަރުގެ ބައެއް ހާދިސާތަކުގެ ފަހަތުގައި ކައިވެނީގެ މައްސަލަތަކާއި، އަމިއްލަ ދެބަސްވުންތަކުގެ އިތުރުން ގުޅުންތަކާ ގުޅޭ ތުހުމަތުތައް ހިމެނެއެވެ.

އެން.ސީ.އާރު.ބީގެ "ކްރައިމް އިން އިންޑިއާ 2024" ރިޕޯޓުގައި ވާގޮތުން، އެ ގައުމުގައި 27,049 މަރުގެ ހާދިސާ ރިކޯޑުކުރެވިފައިވާއިރު، އޭގެ ތެރެއިން ގިނަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ދެބަސްވުންތަކެވެ. މީގެ އިތުރުން، ލޯބީގެ މައްސަލަތަކާއި ނަހަމަ ގުޅުންތަކަކީ ވެސް މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ މާހައުލެއްގެ ތެރެއިން، ގުވަހާޓީގައި އަންހެނަކު އޭނާގެ ގޭތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އޭނާގެ ފިރިމީހާ ފަހުން ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސްފައެވެ.

އެޕާޓްމަންޓް ތެރޭގައި ހިނގީ ކޮން ކަމެއް؟ އަދި ތަހުގީގު ކުރާ ފަރާތްތަކަށް ފެނުނީ ކޮން އެއްޗެއް؟

ހާދިސާ ހިނގާފައިވަނީ އާސާމްގެ ގުވަހާޓީގެ ބަސިސްތަޕޫރުގައެވެ. އުމުރުން 25 އަހަރުގެ ރިޔާ ތާލުކްދާރު ގޮސްވާމީ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ފިރިމީހާ ރާމަނޫޖަން ގޮސްވާމީ އާއި އެކު ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ތެރެއިންނެވެ.

ފުލުހުން ބުނާ ގޮތުގައި، އެ ދެމަފިރިން ކައިވެނީގެ ގޮތުން ގުޅުނުތާ މިހާރު ގާތްގަނޑަކަށް ހަ މަސް ދުވަސް ވެދާނެއެވެ.

މި މައްސަލަ ފެންމަތިވީ އެޕާޓްމަންޓުން ނުބައި ވަސް ދުވާތީ އަވަށްޓެރިންނަށް ފާހަގަކުރެވިގެންނެވެ. އަދި ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި އެ ދެމަފިރިން ފެނިފައިނުވާ ކަމަށާއި، އެމީހުންގެ ފޯނުތައް ވެސް އޮތީ ނިއްވާލާފައި ކަމަށް އަވަށްޓެރިން ފުލުހުންނަށް ކިޔައިދީފައިވެއެވެ.

ސެޕްޓެމްބަރު 6 ވީ އާދިއްތަ ދުވަހު ފުލުހުން އެޕާޓްމަންޓަށް ގޮސް، ތަޅު ހަލާކުކޮށްލައިގެން އެތެރެއަށް ވަނެވެ.

އެތެރެއަށް ވަތްއިރު، ރިޔާގެ ހަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ކުނިވާން ފަށާފައެވެ. ތަހުގީގު ކުރާ ފަރާތްތަކަށް ފެނުނު ގޮތުގައި އޭނާގެ ބޯ އޮތީ ހަށިގަނޑާ ވަކިކޮށް، ކޮތަޅަކަށް ލައި އައިސްއަލަމާރި ތެރޭގައި ބާއްވާފައެވެ. މީގެ އިތުރުން އޭނާގެ އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ތަފްސީލުތައް ހާމަވީ ތަހުގީގު ކުރާ ފަރާތްތަކުން އެޕާޓްމަންޓް ބަލައި ފާސްކޮށް، ކަން ހިނގާދިޔަ ގޮތް ދެނެގަތުމަށް މަސައްކަތް ފެށުމުންނެވެ.

މައިގަނޑު ތުހުމަތު ކުރެވެނީ ކާކަށް؟

ފުލުހުން އެޕާޓްމަންޓަށް ދިޔައިރު ރިޔާގެ ފިރިމީހާއެއް އެތާކު ނެތެވެ.

އެން.ޑީ.ޓީ.ވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހަށްފަހު އޭނާ ފެނިފައިނުވާ ކަމަށް އަވަށްޓެރިން ވަނީ ބުނެފައެވެ. އެއާއެކު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ރާމަނޫޖަން އަމިއްލައަށް ފުލުހުންނާ ހަވާލުވީ އާދިއްތަ ދުވަހުގެ ރޭގައެވެ. އެއާއެކު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ގުވަހާޓީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ކަމުގައި މައިގަނޑު ތުހުމަތު ކުރެވެނީ ރާމަނޫޖަންއަށެވެ. އަދި އޭނާ އެ ކުށަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މިފަދަ އިއުތިރާފުތަކަކީ ތަހުގީގުގެ ބައެއް ކަމަށްވާތީ، ފެންނަން ހުރި ހެކިތަކާ އެއްގޮތްވޭތޯ ފުލުހުން އިތުރަށް ބަލާނެއެވެ.

މިކަން ކުރަން މެދުވެރިވި ސަބަބަކީ ކޮބައި؟

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ކަށަވަރުކޮށެއް ނުދެއެވެ. ގޮސްވާމީއާއި ހަވާލާދީ ބައެއް ނޫސްތައް ބުނާގޮތުގައި އޭނާގެ އަނބިމީހާގެ ސްގަރޑެޑީ މަރާލާނެކަމަށް އޭނާ ބުނެފައިވެއެވެ.

ކުރިއަށްދާ ތަހުގީގުގެ ދަށުން، ތުހުމަތު ކުރެވޭ ފަރާތާ ސުވާލުކޮށް، އެޕާޓްމަންޓުން ފެނުނު ހެކިތައް ފުލުހުން ދަނީ ދިރާސާ ކުރަމުންނެވެ.

ފުލުހުންނަށް ފެނުނީ ކޮން ހެކިތަކެއް؟

ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކުށް ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރެއް އެޕާޓްމަންޓުން ވަނީ ފެނިފައެވެ.

މަރުވި އަންހެންމީހާގެ ހަށިގަނޑާއި ބުރިކޮށްލާފައިވާ ބޯ ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ގުވަހާޓީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށް ފޮނުވާފައެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިބްތިދާއީ ތަހުގީގުން ދައްކާ ގޮތުގައި މި މަރު ހިނގާފައިވަނީ ހަށިގަނޑު ފެނުމުގެ ގާތްގަނޑަކަށް 48 ގަޑިއިރު ކުރިންނެވެ.

މީގެ އިތުރުން، މި ކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތްތޯ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެން.ޑީ.ޓީ.ވީން ރިޕޯޓުކުރި ގޮތުގައި، ތުހުމަތު ކުރެވޭ ފަރާތުގެ ބަޔާނާއި ލިބިފައިވާ ހެކިތަކާ ދިމާވޭތޯ ތަހުގީގު ކުރާ ފަރާތްތަކުން ޔަގީންކުރާނެއެވެ.

މިހާރު ކުރިއަށްދާ ގާނޫނީ ފިޔަވަޅުތަކަކީ ކޮބައި؟

ރާމަނޫޖަން ގޮސްވާމީ ހައްޔަރުކުރެވިފައިވާއިރު، އޭނާއަކީ މިހާރު ތަހުގީގު މަރުހަލާގައި ހުރި ތުހުމަތު ކުރެވޭ ފަރާތެކެވެ. އޭނާގެ ކުށްވެރިކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ހުށަހެޅޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ކޯޓަކުންނެވެ.

އިންޑިއާގެ ގާނޫނުލްއުގޫބާތުގެ (ބީ.އެން.އެސް) 103 ވަނަ މާއްދާގެ ދަށުން، މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ، މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުމާއެކު ޖޫރިމަނާ ކުރެވިދާނެއެވެ.

މި ވަގުތު މި މައްސަލައިގައި އެންމެ ބޮޑު ސަމާލުކަމެއް ދެވޭނީ ތަހުގީގަށާއި، ފޮރެންސިކް ހޯދުންތަކަށާއި، ޕޯސްޓްމޯޓަމް ރިޕޯޓުގެ އިތުރުން ތުހުމަތު ކުރެވޭ ފަރާތާއި މި މަރާ ގުޅުވައިދޭ ހެކިތަކަށެވެ.

މިހާތަނަށް ފުލުހުން ވަނީ ރިޔާގެ ހަށިގަނޑު ފެނުނުކަމާއި، އޭނާގެ ފިރިމީހާ އަމިއްލައަށް ހަވާލުވުމުން ހައްޔަރުކޮށްފައިވާ ކަމާއި، އެޕާޓްމަންޓުން ހެކި ހޯދާފައިވާކަން ކަށަވަރުކޮށްދީފައެވެ. މި މަރުގެ ހަގީގީ ސަބަބާއި ކަން ހިނގި ގޮތުގެ ތަފްސީލުތައް އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

]]>
Thu, 10 Sep 2026 06:12:02 +0500 ނިއުސް ޑެސްކް
ކުޑަ ކުއްޖަކު 3 މީހުން މަރާލުން | އެތައް ބަޔަކު ކުޑަ ކުއްޖަކު މަރާލުން https://heerasnews.com/4573 https://heerasnews.com/4573 ގޯރަކްޕޫރު: އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ގޯރަކްޕޫރުގައި ހިނގި އާއިލީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއިން، އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ރަހުމުކުޑަ ގޮތަކަށް މަރާލައިފިއެވެ.

މި ހާދިސާގައި ތުހުމަތު ކުރެވެނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާ ވަނީ އޭނާގެ ބޭބެއާއި، ފަހަރިއާއި، އަދި އެ ދެމަފިރިންގެ ތިން އަހަރުގެ ފިރިހެން ދަރިފުޅު ނިދާފައި ތިއްބާ ހަމަލާދީ މަރާލާފައެވެ.

މުޅި ގޯރަކްޕޫރު ސިއްސުވާލި މި މަރުތަކުގެ ފަހަތުގައިވަނީ، އާއިލީ ވިޔަފާރިއެއް ހިންގުމުގެ ބާރުވެރިކަން ހޯދުމާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ވަނީ ކުށް ހިނގި ސަރަހައްދުން އެ ކުއްޖާ ބަންދުކޮށްފައެވެ. އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެށުމުގެ އިތުރުން، އެ ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ.

ބާރޫއިޕޫރު: ވެސްޓް ބެންގަލްގެ ބާރޫއިޕޫރުގައި ހިނގި ރަހުމްކުޑަ ޖިންސީ ގޯނާއާއި މަރުގެ ހާދިސާއަކާ ގުޅިގެން، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، ވަރުގަދަ ހަމަނުޖެހުންތަކެއް މިއަދު ވަނީ ހިނގާފައެވެ.

ބާރޫއިޕޫރުގައި ހިންގި ރަހުމްކުޑަ ޖިންސީ ގޯނާއާއި މަރުގެ ހާދިސާގައި، އުފަންދުވަހުގެ ހަފުލާއަކަށް ދަނިކޮށް ގެއްލުނު 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި އޮއްވާ އެ ސަރަހައްދުގެ ކުޅިއެއްގެ ތެރެއިން ފެނުނު ހާދިސާއެކެވެ. އެ ހާދިސާގައި ބަޔަކު މީހުން އެ ކުއްޖާ ރަހީނުކޮށް، ޖިންސީ ގޯނާކުރުމަށްފަހު، ގޯންޏަކަށްލައި، ދިރިހުއްޓާ ފެންގަނޑަށް އެއްލާލީއެވެ.

މި އަމަލުގެ ރަހުމްކުޑަކަމުން އާންމުން ނުކުމެ ބޮޑެތި މުޒާހަރާތައްކޮށް، މަގުތައް ބަންދުކޮށް، ކުރިމަތިލުންތަކެއް ހިންގާފައިވެއެވެ. މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.             

]]>
Thu, 10 Sep 2026 04:47:44 +0500 ނިއުސް ޑެސްކް
ކެރެލާގެ ކުރީގެ ޗީފްމިނިސްޓަރ ޕިނަރާއީ އާއި ދެކޮޅަށް ކޮރަޕްޝަންގެ ތަހުގީގެއް https://heerasnews.com/4571 https://heerasnews.com/4571 ތިރުވަނަންތަޕޫރަމް: ސީ.އެމް.އާރް.އެލް - އެކްސަލޮޖިކް މުއާމަލާތާ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިދިކޮޅު ލީޑަރު ޕިނަރާއީ ވިޖަޔަން އާއި ކުރީގެ މިނިސްޓަރު މުހައްމަދު ރިޔާޒް އަދި އޭނާގެ އަނބިކަނބަލުން ޓީ. ވީނާއާ ދެކޮޅަށް މައްސަލަ ބެލުމަށް އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ފޮނުވި ސިޓީއަކާ ގުޅިގެން ތަހުގީގެއް ހިންގުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅޭގޮތުން ވީ.ޑީ ސަތީޝަން އާއި ދާހިލީ ކަންކަމާ ބެހޭ އިސް ފަރާތްތަކުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މަޝްވަރާތަކުގައި ލަފާކުރެވުނު ގޮތުގައި އީޑީގެ ސިޓީގެ މައްޗަށް ބިނާކޮށް މައްސަލަ ބަލަން ޖެހޭނެއެވެ. އަދި މި މައްސަލައިގައި މިލިއަނުން ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، މިއީ ވިޖިލަންސް އިން ބެލުން އެންމެ ރަނގަޅު މައްސަލައެއް ކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. ސީދާ ދައުވާ ކުރަންވީތޯ ނުވަތަ އިތުރު ތަހުގީގަކަށްފަހު ކުރިއަށް ދާންވީތޯ ބެލުމަށް ގާނޫނީ ލަފާ ލިބުމާއެކު، ރަސްމީކޮށް ތަހުގީގު ފެށޭނެއެވެ.

އީޑީގެ ތަހުގީގުގެ ތެރެއިން ފެންމަތިވާ ކުށްތަކުގެ ހެކިތައް، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ 66 (ދޭއް) ވަނަ މާއްދާގެ ދަށުން ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ހިއްސާކުރުމަކީ އާންމު އުސޫލެވެ. މީގެ ފަހުން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނާނީ އެ މައުލޫމާތު ލިބޭ އިދާރާއަކަށެވެ. އީޑީން ދޭ މައުލޫމާތުތަކަކީ ތަހުގީގަށް ބޭނުންވާ ފެށުމެއް ކަމުގައި ބެލި ނަމަވެސް، މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށް ކުރިއަށް ގެންދަންވާނީ އެ އިދާރާއަކުން އަމިއްލައަށް ހޯދާ ހެކިތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

އީޑީން އެދިފައިވަނީ ޕިނަރާއީ ވިޖަޔަން އާއި ކުރީގެ މިނިސްޓަރު މުހައްމަދު ރިޔާޒް އަދި ވީނާއާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަ ބެލުމަށެވެ. އީޑީގެ ހޯދުންތަކުން ދައްކާ ގޮތުގައި، ޕިނަރާއީ ވިޖަޔަންގެ ވެރިކަމުގައި އޭނާގެ ދަރިފުޅު މެދުވެރިކޮށް ސީ.އެމް.އާރް.އެލް އެކްސަލޮޖިކް މުއާމަލާތުން 3.28 ކްރޯޑް ރުޕީސް ރިޝްވަތުގެ ގޮތުގައި ވަނީ ނަގާފައެވެ. މީގެ އިތުރުން، ވީނާގެ ފިރިކަލުން މުހައްމަދު ރިޔާޒް މި ރިޝްވަތު ނެގުމުގައި އިސްކޮށް އުޅުއްވި ކަމަށާއި، މި ފައިސާ ވީނާ އާއި އޭނާގެ ރަހުމަތްތެރިން މެދުވެރިކޮށް ދުބާއީއަށް ފޮނުވާފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވެސް އެ ސިޓީގައިވެއެވެ. މި މައްސަލައިގައި ހިމެނޭ ކުންފުނިތަކާއެކު ޖުމްލަ 12 ފަރާތެއްގެ ނަން އީޑީގެ ލިސްޓުގައި ހިމެނެއެވެ.

                    

]]>
Wed, 09 Sep 2026 09:52:04 +0500 ނިއުސް ޑެސްކް
ކޮޗިންގައި ޓްރިވެންޑްރަމް އަންހެނަކު މަރުވެފާ އޮއްވާފެނިއްޖެ https://heerasnews.com/4570 https://heerasnews.com/4570 އެރްނާކުލަމްގެ ކަރުކުއްޓީގައި ކުއްޔަށް ހިފާފައިވާ ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ތިރުވަނަންތަޕޫރަމަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފްލޮރެންސީ ނަމަކަށް ކިޔާ އަންހެނެކެވެ. ފުލުހުން މިހާރު ވަނީ މި ހާދިސާގެ ތަހުގީގު ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ ގޭގައި ދިރިއުޅެމުން ދިޔައީ އެކަނިމާ އެކަންޏެވެ. އަދި އޭނާއަކީ އެ ސަރަހައްދުގައި ލޮޓަރީ ޓިކެޓް ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔަ މީހެކެވެ. މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައީ އެ ގޭތެރެއިން ނުބައި ވަސް ދުވާތީ އަވަށްޓެރިން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ފުލުހުން އެ ގެއަށް ގޮސް ބެލި ބެލުމުން އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ އޮރިޔާން ހާލަތުގައެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވިތާ މިހާރު ހަތަރެއް ނުވަތަ ފަސް ދުވަސް ވެދާނެއެވެ. މި މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބެލެވޭތީ، ފޮރެންސިކް ޓީމުން ދަނީ އެ ގޭގައި އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

                    

]]>
Wed, 09 Sep 2026 09:24:35 +0500 ނިއުސް ޑެސްކް
ކިޔަވާކުދިން ދިރިއުޅޭ އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެ ގިނަ ބަޔަކު ތާށިވެއްޖެ https://heerasnews.com/4569 https://heerasnews.com/4569 އިންޑިއާގެ ވެރިރަށް ދިއްލީގައި ފަސް ބުރީގެ ހޮސްޓެލް އިމާރާތެއް ވެއްޓި ހިނގި ހާދިސާގައި މަދުވެގެން ހަތް މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 12 މީހަކު ސަލާމަތް ކުރެވިފައިވާއިރު، އިމާރާތުގެ ގައުފުނިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.

ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ދެކުނު ދިއްލީގެ ސަތްޔާ ނިކޭތަން ސަރަހައްދުގައެވެ. މިއީ ދިއްލީ ޔުނިވަރސިޓީގެ ސައުތު ކެމްޕަހާ ކައިރި، ގިނަ އަދަދެއްގެ ކިޔަވާ ކުދިން އަމިއްލަ ހޮސްޓެލްތަކުގައި ދިރިއުޅޭ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. ދިއްލީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، "ހޮސްޓެލް ޑޭޒް" ނަމަކަށް ކިޔާ މި އިމާރާތަކީ 75 އެނދުގެ ޖާގަ ހުރި ތަނެކެވެ. ގާތްގަނޑަކަށް 40 ނުވަތަ 50 އަހަރުވެފައިވާ މި އިމާރާތް ވެއްޓުނު ވަގުތު އެތަނުގެ ބޭސްމަންޓުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ދިޔައެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އިމާރާތް ވެއްޓެން ފެށުމާއެކު ކައިރީގައި ހުރި ކަރަންޓު ނަރުތަކެއް އެކި ފަރާތްފަރާތަށް ހޫރި، މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ބިމާ ހަމަވިއެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިމާރާތް ވެއްޓުމާއެކު ބާރުގަދަ ލޮޅުމެއް އިހުސާސްވި ކަމަށާއި، ގައުފުނިތަކުގެ ދަށުން މީހުން އެހީއަށް އެދި ގޮވާ އަޑު އިވުނު ކަމަށެވެ.

ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާ ވިދާޅުވީ، އިމާރާތް ވެއްޓެން މެދުވެރިވީ ބޭސްމަންޓުގައި ފެންބޮޑުވެފައި ވަނިކޮށް އެތަނުގައި މަރާމާތުގެ މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ. ސަލާމަތްކުރެވުނު މީހުންނަށް މިހާރު ދަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (AIIMS) ގައި ފަރުވާ ދެމުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދެވަނަ ދުވަހަކަށް ކުރިއަށްދާއިރު، ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އާއި ފުލުހުންނާއި ފަޔަރ ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ގައުފުނިތަކުގެ ދަށުގައި ތާށިވެފައި ތިބި ބައެއް ކުދިން ދަނީ ފޯނުން ގުޅައި އެހީއަށް އެދެމުންނެވެ.

މި ހާދިސާއާ ގުޅިގެން އިމާރާތުގެ ވެރިފަރާތް ކަމަށްވާ ހަރީރާމް ބަންސާލް ވަނީ ހައްޔަރުކޮށްފައެވެ. ދިއްލީ ސަރުކާރުން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގެއް ފަށައި، އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފުވެފައިވޭތޯ ބަލަން ފަށާފައެވެ. އަދި މި ހާދިސާގައި އިހުމާލުވި ކަމަށް ބެލެވޭ މުނިސިޕަލް ކޯޕަރޭޝަންގެ ފަސް އޮފިޝަލަކު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހާދިސާއާ ގުޅިގެން ދިއްލީގެ އެކި ކޮލެޖުތަކުން ވަނީ ހާލުގައި ޖެހުނު ދަރިވަރުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ. ހަމައެއާއެކު، ދަރިވަރުންގެ ޖަމިއްޔާތަކުން ދަނީ ކިޔަވާ ކުދިން ދިރިއުޅޭ ހުރިހާ ތަންތަނުގެ ސަލާމަތީ އޮޑިޓެއް ހެދުމަށާއި، އިހުމާލުވި ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

]]>
Mon, 07 Sep 2026 22:43:05 +0500 ނިއުސް ޑެސްކް
ޓީވީ ޕްރެޒެންޓަރަކާއެކު 12 މީހަކު މަރަން ހުކުމްކޮށްފި https://heerasnews.com/4565 https://heerasnews.com/4565 މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ، އުމުރުން 39 އަހަރުގެ ސާރާ ހަލީފާ އާއި އިތުރު 11 މީހަކު، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުށް ސާބިތުވެ، ދަންޖައްސައި މެރުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިޞްރުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަނާ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އެ ތަކެތި ވިއްކުމަށް ރޭވިކަމުގެ ތުހުމަތުގައެވެ. ކަމާބެހޭ އިދާރާތަކުން ވަނީ 750 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފައެވެ. މީގެ އިތުރުން، ގައިރު ގާނޫނީ ހަތިޔާރާއި ވަޒަން ގެންގުޅުނުކަމުގެ ތުހުމަތުވެސް މި މީހުންގެ މައްޗަށް ވަނީ ކުރެވިފައެވެ.

ކުށް ކުރާ މީހުން ހޯދުމާ ގުޅޭ "މިޝަން އިމްޕޮސިބަލް" ޕްރޮގްރާމް ހުށަހަޅައިދޭ ސާރާ ހަލީފާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ކޯޓުގައި ބުނެފައިވާ ގޮތުގައި، މަސްތުވާތަކެތި ނައްތާލާ މަރުކަޒެއްގައި އެ ތަކެއްޗާއެކު އޭނާގެ ފޮޓޯއެއް ނެގުމުގެ ކުރިން، ދުވަހަކުވެސް މަސްތުވާތަކެތި ދެކެފައެއް ނުވެއެވެ.

މި މައްސަލައިގައި ކޯޓަށް 20 ހެކިވެރިންގެ ހެކިބަސް ހުށަހަޅާފައިވާއިރު، ފޯނު ކޯލްތަކާއި ވީޑިއޯ ފަދަ އިލެކްޓްރޯނިކް ހެކިތައްވެސް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި ހިމެނޭ އިތުރު 9 މީހަކަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، 7 މީހަކު ވަނީ ކުށް ސާބިތުނުވެ ސަލާމަތްވެފައެވެ. ސާރާގެ ވަކީލު ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް އިސްތިއުނާފު ކުރާނެއެވެ.

މި މަރުގެ ހުކުމްތައް މިދިޔަ މަހު އިއުލާނުކުރި ނަމަވެސް، ހުކުމް ރަސްމީކޮށް ކަށަވަރުކޮށްފައިވަނީ މިޞްރުގެ މުފްތީގެ ދީނީ ލަފާ ހޯދުމަށްފަހުގައެވެ.

މި މައްސަލައާއެކު މިޞްރުގައި މަރުގެ އަދަބު ދިނުމާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓުތައް ބުނާ ގޮތުގައި، 2025 ވަނަ އަހަރު މިސްރުގައި 492 މީހަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އޭގެ ތެރެއިން 23 މީހެއްގެ މަރުގެ ހުކުމް ވަނީ ތަންފީޒުކޮށްފައެވެ.

]]>
Mon, 07 Sep 2026 02:20:55 +0500 ނާއިރާ
ބިޓް ކެޓުމުން މަރާލާފައި އެއްލާލީ ކުނި ގޮނޑަށް https://heerasnews.com/4561 https://heerasnews.com/4561 ޔޫޓާގެ ގޭންގު މެންބަރަކު އޭނާގެ ލޯބިވެރިޔާ ވަކިވުމުން، އޭނާގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު ކުނިގޮނޑެއްގެ ކައިރިއަށް އެއްލާލި މައްސަލައިގައި 15 އަހަރާއި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2024 ޖަނަވަރީ 20 ގައި އެމެރިކާގެ ސޯލްޓް ލޭކް ސިޓީގައެވެ. އުމުރުން 46 އަހަރުގެ ފްރެޑް ޖޭސަން އެޑްވާޑްސް، އުމުރުން 25 އަހަރުގެ އެސްޕެރަންޒާ ޗާވޭޒްގެ ގަޔަށް ބަޑިޖަހައި މަރާލީ، އެ ދެމީހުންގެ ގުޅުން ކަނޑާލުމަށްފަހު ޗާވޭޒް އޭނާގެ މައިންބަފައިންގެ އެހީތެރިކަމާއެކު އެހެން ސްޓޭޓަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާ މަރާލާފައިވަނީ އެޑްވާޑްސްގެ ކާރު ތެރޭގައެވެ.

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކުނިގޮނޑެއްގެ ކައިރިން ޗާވޭޒްގެ ހަށިގަނޑު ފެނުނުއިރު، ސަރވެއިލަންސް ފޫޓޭޖްތަކުން ފެންނަ ގޮތުގައި އެޑްވާޑްސް ވަނީ އެ ހަށިގަނޑު ކުނި އަޅާ ފޮށްޓަށް ލާން މަސައްކަތްކޮށް، އެކަން ކާމިޔާބު ނުވުމުން ފޮށީގެ އަރިމަތީގައި ބާއްވާފައި ފިލާފައެވެ. އޭނާ ހައްޔަރުކުރެވުނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަކަށް އެޑްމިޓްވާން ގޮސް އިންދައެވެ.

މި މައްސަލައިގައި އެޑްވާޑްސްގެ މައްޗަށް ފުރަތަމަ ދަރަޖައިގެ މީހަކު މެރުމުގެ ދައުވާގެ އިތުރުން، ބަޑި ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުމުގެ ދައުވާތައް އުފުލުނެވެ. ނަމަވެސް، އިއުތިރާފުވުމުގެ އެއްބަސްވުމެއްގެ ދަށުން އެހެން ހުރިހާ ދައުވާތަކެއް ވަނީ ދޫކޮށްލާފައެވެ.

ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެޑްވާޑްސްއަކީ މީގެ ކުރިންވެސް ޗާވޭޒްއަށް އެކިފަހަރު މަތިން އަނިޔާކޮށްފައިވާ މީހެކެވެ. މީގެ ތެރޭގައި ޗާވޭޒްގެ ބޯ ކާރުގެ ހުންގާނުގައި ތަޅައި، އޭނާގެ ލޮލަށް އަނިޔާކުރަން މަސައްކަތްކުރުމުގެ އިތުރުން، އަތަށް ވަޅިން ހަމަލާދިނުން ހިމެނެއެވެ. ޗާވޭޒް އޭނާގެ މައިންބަފައިންގެ އެހީގައި އެހެން ތަނަކަށް ބަދަލުވާން އުޅުނީވެސް އެޑްވާޑްސްގެ ކިބައިން ސަލާމަތްވުމަށެވެ.

މީގެ އިތުރުން، އެޑްވާޑްސްއަކީ ކުރިންވެސް އެހެން އަންހެނުންނަށް ގެވެށި އަނިޔާކުރުމުގެ ރެކޯޑް އޮތް އަދި ގޭންގުތަކާ ގުޅުން އޮންނަ މީހެއްކަން ފާހަގަކުރެވެއެވެ. މި މައްސަލައިގެ ބަދަލު ނަގައިދިނުމާ ގުޅޭ އަޑުއެހުން ނޮވެމްބަރު 5 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

]]>
Sat, 05 Sep 2026 05:32:38 +0500 ނިއުސް ޑެސްކް
ބެލެނިވެރިކަން ގެއްލުމުން 18 މަހުގެ ދަރިފުޅު މަރާލި މަންމަ ޖަލަށް https://heerasnews.com/4560 https://heerasnews.com/4560 ދަރިފުޅުގެ ބެލެނިވެރިކަން ގެއްލުމާ ގުޅިގެން، 18 މަހުގެ ތުއްތު ދަރިފުޅަށް ނިދާ ބޭސް އަޅާފައި ހުރި ފުޅިއަކުން ވިހަދީ މަރާލި މައްސަލައިގައި 24 އަހަރުގެ އަންހެނަކު 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މޭގް ޔަންގް ނަމަކަށް ކިޔާ މި އަންހެން މީހާގެ މައްޗަށް މި ހުކުމް އައީ ދަރިފުޅު މަރާލިކަމަށް އިއުތިރާފުވުމާ ގުޅިގެންނެވެ.

ކޯޓު ރެކޯޑުތަކުން އެނގޭ ގޮތުގައި، ކުއްޖަކު ނޭވާ ނުލާކަމުގެ ރިޕޯޓު ލިބިގެން ކަމާބެހޭ ފަރާތްތަކުން އެގެއަށް ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އުމުރުން 18 މަހުގެ ޑީއަލީ ބްލިއާ ޑެލްގާޑޯ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. އެވަގުތު އެގޭތެރެއިން އޭނާގެ މަންމަ ޔަންގް ފެނުނުއިރު، އޭނާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޔަންގް ހައްޔަރުކުރީ ހޮސްޕިޓަލުން ދޫކޮށްލުމާ އެކުގައެވެ. ތަހުގީގުން ހާމަވި ގޮތުގައި، ދަރިފުޅު މަރުވެފައި އޮއްވާ ފެނުނު ދުވަހަކީ ކޯޓުން އެ ކުއްޖާގެ ބެލެނިވެރިކަން ޔަންގްގެ އަތުން ނަގައި، ކުއްޖާގެ ބައްޕައާ ވަގުތީ ގޮތުން ހަވާލުކުރި ދުވަހެވެ. ކޯޓު އަޑުއެހުމަށްފަހު، ޔަންގް ވަނީ "ތަދު ކަނޑުވާލުމަށް" ކަމަށް ބުނެ ކުއްޖާގެ ކިރުފުޅިއަށް ނިދާ ބޭސް އަޅާފައެވެ. އޭނާ ބުނި ގޮތުގައި އޭނާ ބޭނުންވީ ނިދީގައި އޮއްވާ ދަރިފުޅު އަމާންކަމާއެކު މަރުވުމަށެވެ.

މި ހާދިސާ ފެންމަތިވީ، ކުއްޖާގެ ހާލު ބެލުމަށް ބައްޕަ އެގެއަށް ގޮސް، ދޮރު ހުޅުވައިގެން އެތެރެއަށް ވަން އިރު ކުއްޖާ ނޫވެފައި ބިމަށް ވެއްޓިފައި އޮއްވާ ފެނުމުންނެވެ. އޭނާ ވަގުތުން ކަމާބެހޭ ފަރާތްތަކަށް ގުޅައި އެހީއަށް އެދުނެވެ.

މި މައްސަލައިގައި ޔަންގް ކުށަށް އިއުތިރާފުވުމުން، ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ 380 މަސްދުވަހަށް (ގާތްގަނޑަކަށް 31 އަހަރަށް) ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މަރުވި ތުއްތު ކުއްޖާގެ ހަނދާނުގައި އާއިލާއިން ބުނެފައިވަނީ، ޑީއަލީއަކީ އޭނާގެ ބައްޕަ ނުހަނު ލޯބިވި އަދި އެ ދަރިފުޅުގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތްކުރި ކުއްޖެއް ކަމަށެވެ. ކުއްލި ގޮތަކަށް އެ ދަރިފުޅު ވަކިވެގެން ދިއުމަކީ ބައްޕަގެ ހިތަށް ފޫނުބެދޭވަރުގެ ބޮޑު ހިތާމައެއް ލިބުނު ކަމެއް ކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެއެވެ.

ހާދިސާ ހިންގާފައިވަނީ އެމެރިކާގެ މިނެސޯޓާގެ ހެނަޕިން ކައުންޓީގައެވެ.

                    

]]>
Fri, 04 Sep 2026 23:29:22 +0500 ނިއުސް ޑެސްކް
މާބަނޑު ފުލުހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ ޒަހަމްކޮށްލައިފި https://heerasnews.com/4556 https://heerasnews.com/4556 ބެންގަލޫރުގެ ފުލުހުންގެ މަރުކަޒަކަށް މައްސަލައެއް ހުށަހަޅަން ދިޔަ މީހަކު، އެތަނުގައި ހުރި މާބަނޑު ފުލުހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ އެ ކޮންސްޓަބަލް މަރާލަން ދިން ހަމަލާއެކެވެ.

ބެންގަލޫރުގެ ރޭލްވޭ ޕޮލިސް ސްޓޭޝަނެއްގައި މަސައްކަތްކުރާ މާބަނޑު އަންހެން ފުލުހަކަށް މި ހަމަލާ ދީފައިވަނީ، މައްސަލައެއް ހުށަހަޅަން ދިޔަ މީހަކު ފަހުން އައުމަށް އެދުމުންނެވެ. އެ މީހާ އެނބުރި އައީ ދަގަނޑު ބުރިއެއް ހިފައިގެން ކަމަށާއި، އޭނާ ވަނީ ކޮންސްޓަބަލް ޝިލްޕާގެ ބޮލުގައި މަދުވެގެން އަށް ފަހަރު ޖަހާފައެވެ.

މަޖެސްޓިކް ރޭލްވޭ ޕޮލިސް ސްޓޭޝަނަށް އެ މީހާ ދިޔަ ވަގުތު ސްޓޭޝަނުގައި ހުރި ހަމައެކަނި މުވައްޒަފަކީ ޝިލްޕާއެވެ. އެ ވަގުތު މައްސަލަ ބަލައިގަނެވޭނެ އިތުރު މުވައްޒަފަކު ނެތުމުން، ޝިލްޕާ އޭނާގެ ކިބައިން އެދުނީ ފަހުން އައުމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހާ ސްޓޭޝަނުން ނުކުމެގެން ގޮސް އިރުކޮޅެއް ފަހުން އެނބުރި އައީ ބެރިކޭޑް ފުރޮޅެއް ހަރުކޮށްފައިވާ ބަރު ދަގަނޑު ބުރިއެއް ހިފައިގެންނެވެ. އަދި ޝިލްޕާއަށް ހަމަލާދީ އޭނާގެ ބޯ ފަޅާލާފައިވެއެވެ.

މި ހަމަލާގައި ޝިލްޕާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފަރުވާއަށް ފުރަތަމަ ގެންދެވުނީ މަނިޕާލް ހޮސްޕިޓަލަށެވެ. އޭގެ ފަހުން ސުގުނާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު، އޭނާއަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން ހަމަލާދިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

]]>
Thu, 03 Sep 2026 11:00:25 +0500 ނިއުސް ޑެސްކް
ބިން ވިއްކާލައިގެން ދެ ދަރިންވެގެން މައިންބަފައިންނަށް އަނިޔާކޮށްފި https://heerasnews.com/4554 https://heerasnews.com/4554 ޕޫނޭ ޑިސްޓްރިކްޓްގައި އުމުރުން 65 އަހަރުގެ ދަނޑުވެރިއަކާއި ބަލިކޮށް އުޅޭ އޭނާގެ އަންހެނުންނަށް، އެމީހުންގެ ދެ ދަރިން މަގުމަތިން ހުރަސްއަޅައި ލަކުޑިބުރިން ތަޅައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މައިމީހާގެ ނަމުގައި އޮތް ބިމެއް ވިއްކާލުމާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އޯގަސްޓް 30 ވަނަ ދުވަހުގެ ހަވީރު 6 ޖަހާކަންހާއިރު، ތުކާރާމް ކިސާން ރައުތް އާއި އޭނާގެ އަންހެނުން އަންޖަނާ ރައުތް އަވަށު ތެރޭގައި ހިނގާލަން ނުކުމެ އުޅެނިކޮށެވެ.

އެ ދެމަފިރިންގެ ދެ ދަރިން ކަމަށްވާ ސަންޖޭ ރައުތް އާއި ރާޖެންދުރަ ރައުތް ކާރެއްގައި އެމީހުންގެ ފަހަތުން ގޮސް، ބިން ވިއްކާލި މައްސަލައިގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، އެ މުއާމަލާތް ކެންސަލް ނުކޮށްފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ފުލުހުން ބުނެއެވެ.

އިންދަޕޫރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، "ބިން ވިއްކާލީ ކީއްވެގެންތޯ" ސުވާލުކުރުމަށްފަހު، އެ ދެމަފިރިންގެ ގައިގައި ލަކުޑިބުރިން ތަޅައި އަނިޔާކުރަން ފެށި ކަމަށެވެ. މި ހަމަލާގައި ތުކާރާމްގެ ބުރަކަށީގެ އިތުރުން މޫނާއި، ފަލަމަސްގަނޑާއި ވައަތްފަރާތު ކޮނޑަށް އަނިޔާވެފައިވާއިރު، އަންޖަނާގެ ކަނާތު އަތުކުރިއަށާއި އުނަގަނޑަށް ވަނީ އަނިޔާވެފައެވެ.

އަނިޔާކުރަމުން ދިޔައިރު، ވިއްކާލި ބިން އަނބުރާ ހޯދުމަށް އެ ދެބޭން ބާރުއަޅަމުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން "ވިއްކާލި ބިން އަނބުރާ ހޯދާ، ނޫންނަމަ އަހަރެމެންނަށް ކުރެވޭނެ ކަންތައްތައް ދައްކާލާނަން" ކަމަށް ބުނެ އެމީހުން އިންޒާރު ދީފައިވެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ތިބި އާންމުން އެއްވެ، ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން އައިސް އެ ދެމަފިރިން އިންދަޕޫރު ސަބް-ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އާންމުންގެ ބަޔަކު ނަގާފައިވާ މި ހާދިސާގެ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. ތުކާރާމް ފުލުހުންނަށް ކިޔައިދިން ގޮތުގައި، އޭނާގެ ދެ ދަރިންވެސް ދިރިއުޅެނީ އެމީހުންގެ އާއިލާތަކާއެކު ވަކިންނެވެ.

ފުލުހުން މިހާރު ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި އަނިޔާކުރުމާއި، މަސްލަހަތު ނަގާލުމުގެ ނިޔަތުގައި ބަދުބަސް ބުނުމާއި އަދި މަރުގެ އިންޒާރު ދިނުމުގެ ކުށުގައި އެ ދެބޭންގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ.               

]]>
Wed, 02 Sep 2026 18:03:27 +0500 ނިއުސް ޑެސްކް
ކުއްލި ފެންބޮޑުވުމެއްގައި ބަޔަކު މަރުވެ، ގިނަ ބަޔަކު ގެއްލިއްޖެ https://heerasnews.com/4551 https://heerasnews.com/4551 މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ގްރޭންޑް ކެންޔަންގެ ބައެއް⁹⁹41 ސަރަހައްދުތަކަށް ކުރިމަތިވި ބާރުގަދަ ކުއްލި ފެންބޮޑުވުމެއްގައި ދެ މީހަކު މަރުވެ، 15 ވަރަކަށް މީހުން ގެއްލިފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

މި ފެންބޮޑުވުން ކުރިމަތިވީ ހޮނިހިރު ދުވަހު ބޯކޮށް ވާރޭވެހި، ފެންގަނޑު ކުއްލިއަކަށް ބޮޑުވުމުގެ ސަބަބުން ބްރައިޓް އެންޖެލް ކެންޔަން އަދި ފެންޓަމް ރެންޗް ސަރަހައްދަށެވެ. ފެންބޮޑުވި ސަރަހައްދުތަކުން ބޮޑެތި ހިލައާއި، މަޑާއި އަދި ކުނިބުނި ދެމިގެން ދިޔައިރު، އެ ސަރަހައްދުގައި ތިބި 60 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 46 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކޮލޮރާޑޯ ކޯރުގެ ކްރިސްޓަލް ރެޕިޑްސް ސަރަހައްދުންނެވެ. މީގެ އިތުރުން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހޯމަ ދުވަހު ވަނީ ދެވަނަ މީހެއްގެ ހަށިގަނޑު ފެނިފައެވެ.

މި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގެ ފާލަންތަކަށާއި، ހިނގާ މަގުތަކަށާއި އަދި އެހެނިހެން ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ބްރައިޓް އެންޖެލް ކްރީކް ހުރަސްކޮށް އަޅާފައިވާ ބައެއް ފާލަންތައް ހަލާކުވެފައިވާއިރު، އެ ސަރަހައްދަށް ފެން ފޯރުކޮށްދޭ މައި ހޮޅިއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ފެން ބޭނުންކުރުން ކޮންޓްރޯލްކޮށް، އެ ސަރަހައްދުގައި ރޭގަނޑު މަޑުކުރުން މަނާކޮށްފައެވެ.

ސަލާމަތީ ފަރާތްތަކުން މިހާރުވެސް ދަނީ ފެންބޮޑުވި ވަގުތު އެ ސަރަހައްދުގައި އުޅުނު ފަތުރުވެރިންނާއި ހައިކިންގްއަށް ގޮސް އުޅުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރަށް ވާރޭވެހި، ގުގުރުމާއެކު ކުއްލި ފެންބޮޑުވުމެއް ކުރިމަތިވެދާނެތީ، ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުދިއުމަށް އޮފިޝަލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާއަކީ އެރިޒޯނާގެ ހޫނު މޫސުމުގެ ވިއްސާރަ ދުވަސްވަރު، ގްރޭންޑް ކެންޔަންގެ މޫސުން ކުއްލިއަކަށް ބަދަލުވެދާނެކަން ހާމަކޮށްދޭ ހިތާމަވެރި ހާދިސާއެކެވެ.

]]>
Tue, 01 Sep 2026 02:11:50 +0500 ނާއިރާ
ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބަލިމަޑުކަން އިތުރަށް ގޯސްވަނީ https://heerasnews.com/4548 https://heerasnews.com/4548 ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މިދިޔަ މެއި މަހުން ފެށިގެން ފެތުރެމުންދާ އިބޯލާ ބަލީގައި މިހާތަނަށް 2,800 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލި ޖެހިފައިވާ 5945 މީހުން ވަނީ ކަށަވަރުކުރެވިފައެވެ.

މި ބަލި އެ ގައުމުގެ ހަ ޕްރޮވިންސެއްގެ 60 ހެލްތު ޒޯނަކަށް ފެތުރިފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 1327 އެވެ.  896 މީހަކަށް ހޮސްޕިޓަލުގައި އެކަހެރިކޮށްގެން ފަރުވާދެމުންދެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހާމަކުރި ގޮތުގައި 'ބަންޑިބުގްޔޯ' ވައްތަރުގެ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، ބަލިމަޑުކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ސިއްހީ ހިދުމަތްތެރިންނާއި އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށާފައެވެ.

މީގެ އިތުރުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށާއި، ސިއްހީ ޓީމުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

]]>
Sun, 30 Aug 2026 22:11:57 +0500 ނާއިރާ
8933 ޑޮލަރުގެ އަގުހުރި މޭބިސްކަދުރު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި https://heerasnews.com/4547 https://heerasnews.com/4547 ޖަޕާނުގެ އޮކަޔާމާ ޕްރިފެކްޗަރގެ ގްރީންހައުސްއަކުން ގާތްގަނޑަކަށް 1.43 މިލިއަން ޔެން (8933 ޑޮލަރު) ގެ އަގުހުރި މޭބިސްކަދުރު ވަގަށް ނެގިކަމުގެ ތުހުމަތުގައި، 42 އަހަރުގެ ފިރިހެނަކު ހޮނިހިރު ދުވަހު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

މޭބިސްކަދުރު ވަގަށް ނެގުމުގެ އެހެން މައްސަލައެއްގައި މީގެ ކުރިން ދައުވާ އުފުލާފައިވާ މަސަކާޒޫ މަޔެދާ، މި ތުހުމަތުތަކަށް އިންކާރު ކުރަމުން ފުލުހުންގެ ތަހުގީގުގައި ބުނެފައިވަނީ، އޭނާ ހަނދާންވާ ގޮތުން އެތަނުން ނެގި މޭބިސްކަދުރު ފޮށިތަކުގެ އަދަދު 650 އަށް ނާރާނެ ކަމަށެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މީނާ މި ވައްކަން ކޮށްފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 7:00 އާއި ޖެހިގެން އައި ދުވަހުގެ ހެނދުނު 6:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ ވަގަށް ނެގި ތަކެތީގެ ތެރޭގައި "ޝައިން މުސްކަޓް" އާއި އެ ނޫންވެސް ބާވަތްތަކުގެ މޭބިސްކަދުރު ހިމެނެއެވެ. ފުލުހުން ބުނި ގޮތުގައި، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އެ މޭބިސްކަދުރުތައް އޭނާ ވިއްކާފައިވަނީ އޮންލައިންކޮށް ނީލަންކިޔައި ގެންނާއި ވިއްކާ ސައިޓުތައް މެދުވެރިކޮށެވެ.

]]>
Sun, 30 Aug 2026 19:25:19 +0500 ނާއިރާ
9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 61 އަހަރުގެ މީހަކު ޖަލަށް https://heerasnews.com/4545 https://heerasnews.com/4545 ބަނގްލަދޭޝްގެ މައިމެންސިންގްގެ ދަކްޝިން ގަފަރުގާއޮން އަވަށުގައި 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ޖަލަށްލުމަށް އެ ސިޓީގެ ކޯޓަކުން މިއަދު އަމުރުކޮށްފިއެވެ.

ޕަގްލާ ޕޮލިސް ސްޓޭޝަންގެ އޮފިސަރު އިންޗާޖް މުހައްމަދު އަމީނުލް އިސްލާމް ވިދާޅުވި ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކަންދީޕާރާ ސަރަހައްދަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ދަނޑުވެރިއެއް ކަމަށްވާ މުހައްމަދު ސަމީރުއްދީނެވެ. އޭނާ މިއަދު މެންދުރުފަހު ކޯޓަށް ހާޒިރުކުރުމުން، ސީނިއާ ޑިސްޓްރިކްޓް ޖުޑީޝަލް މެޖިސްޓްރޭޓް ވަނީ އޭނާ ޖަލަށް ބަދަލުކުރުމަށް އަމުރުކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ކުއްޖާގެ މަންމަ ވަނީ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. މައްސަލައިގެ ބަޔާނުގައިވާ ގޮތުން، ގްރޭޑް 3 އެއްގައި ކިޔަވަމުންދާ މި ކުއްޖާ ދިރިއުޅެނީ އޭނާގެ މަންމައާއެކުގައެވެ. ކުއްޖާގެ ބައްޕައަކީ ގައުމުން ބޭރުގައި މަސައްކަތްކުރާ މީހެކެވެ.

އޯގަސްޓް 25 ވަނަ ދުވަހު ކުއްޖާ އިމްތިހާން ނިންމާފައި ގެއަށް ދަނިކޮށް، ސަމީރުއްދީން ފައިސާގެ ދަހިވެތިކަން ދައްކައިގެން ކުއްޖާ ކައިރީގައި އޮތް ދޮންކެޔޮ ދަނޑަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ބަޔާނުގައިވެއެވެ.

އޮފިސަރު އިންޗާޖް ވިދާޅުވި ގޮތުގައި، އެ އަމަލު ހިންގުމަށްފަހު އޭނާ ވަނީ ކުއްޖާއަށް 100 ޓާކާ ދީ، އެއްވެސް މީހަކަށް އެ ވާހަކަ ކިޔައިދީފިނަމަ އަނިޔާކުރާނެ ކަމަށް ބުނެ ބިރުދައްކާފައެވެ. ނަމަވެސް، ކުއްޖާ ގެއަށް ގޮސް އާއިލާއަށް އެ ވާހަކަ ކިޔައިދިނެވެ.

މި ހާދިސާއަށްފަހު، ރަށުގެ ބައެއް މީހުން ގުޅިގެން މި މައްސަލަ ރަށުތެރޭގައި ސިއްރުން ނިންމާލުމަށް މަސައްކަތް ކުރި ނަމަވެސް، ފުލުހުންނަށް އެ މައުލޫމާތު ލިބުމާއެކު ހުކުރު ދުވަހު އެ ގެއަށް ގޮސް ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރިއެވެ.

މިހާރު އެ ކުއްޖާ ވަނީ ސިއްހީ ތަހުލީލުތައް ފުރިހަމަކުރުމަށްޓަކައި މައިމެންސިންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ފޮނުވާފައެވެ.

]]>
Sat, 29 Aug 2026 23:17:37 +0500 ނިއުސް ޑެސްކް
މާބަޑު އަންހެނެއްގެ މަރާގުޅިގެން ދެ ޑޮކްޓަރުން ސަސްޕެންޑްކޮށްފި https://heerasnews.com/4542 https://heerasnews.com/4542 އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ ރޭވާގެ ހޮސްޕިޓަލެއްގައި މާބަނޑު އަންހެނަކާއި ބަނޑުގައި އޮތް ދަރިފުޅު މަރުވި ހާދިސާއާ ގުޅިގެން ދެ ޑޮކްޓަރުންނާއި ދެ ނާސިންގް އޮފިސަރުން ސަސްޕެންޑްކޮށްފިއެވެ. މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު މަރުވި ހާދިސާއާ ގުޅިގެން ދެ ޑޮކްޓަރުންނާއި ދެ ނާސިންގް އޮފިސަރުން ސަސްޕެންޑްކުރީ ރޭވާގެ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ.

ދެ ޑޮކްޓަރުންނާއި ދެ ނަރުހުންނަށް ސަސްޕެންޝަންގެ ފިޔަވަޅު އަޅާފައިވަނީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށާއި ނުރަނގަޅު އަހުލާގެއް ދައްކާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. ހާދިސާ ތަހުގީގު ކުރުމަށް އިސް ޑޮކްޓަރުންގެ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭވާގެ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އާއިލާގެ ފަރާތުން ބުނެ ޝަކުވާ ހުށަހެޅުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެކަމަށް ފިޔަވަޅު އަޅާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އަންހެންމީހާ އެހީއަށް އެދި ގޮވަމުން ދިޔައިރު ހޮސްޕިޓަލުގެ މުވައްޒަފުން ތިބީ އޭނާގެ އަތުގައި ހިފަހައްޓައިގެންނެވެ.

މަރުވި ކަލްޕަނާ މިޝްރާއަކީ ރޭވާ ޑިސްޓްރިކްޓްގެ ހަޓްވާ އަވަށަށް ނިސްބަތްވާ މީހެކެވެ. އޭނާ ހޮސްޕިޓަލުގެ ވިހާ ކޮޓަރިއަށް ވެއްދީ އޮގަސްޓް 26 ވަނަ ދުވަހުގެ ފަތިހު 2:38 ހާއިރުއެވެ. ނަމަވެސް އެ ދުވަހުގެ ރޭގަނޑު 11:55 ހާއިރު ފަރުވާ ދެމުން ދަނިކޮށް މައިމީހާގެ އިތުރުން ދަރިފުޅު ވެސް ވަނީ މަރުވެފައެވެ.

ހޮސްޕިޓަލުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، އޭނާ ހޮސްޕިޓަލަށް ގެނައިއިރު ހާލަތު ވަރަށް ނާޒުކެވެ. އަދި އޭނާއަކީ ބަނޑަށް ދުވަސް ފުރިފައިވާ، "ސިވިއާ ޕްރީ-އެކްލޭމްޕްސިއާ" އާއި އެހެނިހެން ސިއްހީ މައްސަލަތައް ހުރި މީހެއްކަމަށް ފާހަގަކުރެވިފައިވެއެވެ. ހޮސްޕިޓަލުން ބުނާ ގޮތުގައި ފަރުވާ ކުރިއަށް ގެންގޮސްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

އާއިލާގެ ޝަކުވާއާ ގުޅިގެން ހެލްތު ޑިޕާޓްމަންޓުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އިބްތިދާއީ ތަހުގީގަށް ފަހު، އިހުމާލުވި ކަމުގެ ތުހުމަތުގައި ވިހާ ކޮޓަރީގެ ޑޮކްޓަރު ސޯނަލް އަގަރްވާލް އާއި ހޭނައްތާ ޑޮކްޓަރު ނިދީ ޕާންޑޭ ވަނީ ސަސްޕެންޑްކޮށްފައެވެ. މީގެ އިތުރުން، އާއިލާއާ މެދު ބޭއަދަބީކޮށް އަމަލުކުރި ކަމުގެ ތުހުމަތުގައި ދެ ނާސިންގް އޮފިސަރުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

އާއިލާގެ އެދުމުގެ މަތިން، މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ ޑިސްޓްރިކްޓް ހޮސްޕިޓަލާއި މެޑިކަލް ކޮލެޖުގެ ޓީމަކުން ގުޅިގެންނެވެ. އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު، ހަށިގަނޑު ވަނީ އަމިއްލަ އަވަށަށް ފޮނުވާލާފައެވެ.

މި މައްސަލައާ ގުޅިގެން ޑެޕިއުޓީ ޗީފް މިނިސްޓަރު އަދި ހެލްތު މިނިސްޓަރު ރާޖެންދުރަ ޝުކްލާ ވަނީ ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފައެވެ. ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިހުމާލުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ބަލިމީހުންނާއި އާއިލާތަކަށް އިހުތިރާމާ އެކު މުއާމަލާތްކޮށް، ފަރުވާގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަހުގީގު ކޮމިޓީގެ ރިޕޯޓު ލިބުމުން، އޭގައިވާ ކަންކަމަށް ބަލައި އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން، ހާއްސަކޮށް މާބަނޑު މީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއި ޒިންމާދާރުކުރުވުމުގެ މުހިންމުކަން ވަނީ ފާހަގަވެގެން ގޮސްފައެވެ. 

]]>
Sat, 29 Aug 2026 03:47:57 +0500 ނިއުސް ޑެސްކް
މެނޭޖަރަކު މަޖުބޫރުކޮށްގެން މުވައްޒަފަކު 200 ސްކޮވަޓްސް ޖެއްސި މައްސަލައެއް ފެންމަތިވެއްޖެ https://heerasnews.com/4539 https://heerasnews.com/4539 ޗައިނާގެ ކުންފުންޏެއްގައި މަސައްކަތްކުރާ ޒުވާން މުވައްޒަފަކު، ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ފުރިހަމަނުކުރެވުމުން އަދަބެއްގެ ގޮތުން 200 ސްކޮވަޓްސް ޖަހަން މެނޭޖަރު މަޖުބޫރުކުރުމުގެ ސަބަބުން، އެ މުވައްޒަފުގެ މަސްތަކަށް ސީރިއަސް ގެއްލުންތަކެއް ލިބިއްޖެއެވެ.

ޔަންގްގެ ނަމުން ނަންދެވިފައިވާ މި އަންހެން މީހާއަކީ ދާދިފަހުން ހަންގްޖޯއަށް ބަދަލުވެ، ލޯނު އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއްގެ ފައިނޭންޝަލް ކޮންސަލްޓަންޓެއްގެ މަގާމުގައި މަސައްކަތްކުރަމުން އައި މީހެކެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ދުވަހުގެ މަސައްކަތް ނުނިމުމުން މެނޭޖަރު ވަނީ ޔަންގްއަށް ދެ އިހުތިޔާރެއް ދީފައެވެ. އެއީ މުސާރައިން ބައެއް އުނިކުރުން ނުވަތަ އަދަބެއްގެ ގޮތުގައި 200 ސްކޮވަޓްސް ހެދުމެވެ. ޔަންގް އިހުތިޔާރުކުރީ ސްކޮވަޓްސް ހެދުމަށެވެ. ނަމަވެސް، މީގެ ސަބަބުން އޭނާގެ ފައިގެ މަސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަން ވަނީ ޖެހިފައެވެ.

މި ހާދިސާއާ ގުޅިގެން ޔަންގް މިހާރު ވަނީ އެ ސަރަހައްދުގެ ލޭބަރ އިންސްޕެކްޝަން އިދާރާތަކަށް މައްސަލަ ހުށަހަޅާފައެވެ. އެ އިދާރާއިން ބުނިގޮތުގައި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. އަދި މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތާއި، ޖިސްމާނީ އަދަބު ދިނުން ފަދަ ކަންކަމާ މެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

]]>
Thu, 27 Aug 2026 23:06:32 +0500 ނާއިރާ
މަރުވެފައި ތިބި ބަޔަކު ފަތުރުވެރި މަންޒިލަކުން ފެނިއްޖެ https://heerasnews.com/4538 https://heerasnews.com/4538 ދެކުނު ކޮރެއާގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ޖޭޖޫ އައިލެންޑުން ގެއްލިގެން ހޯދަމުންދިޔަ ބަޔަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާއާ ގުޅިގެން، ގެއްލޭ މީހުން ހޯދުމުގެ މައްސަލަތައް އެ ސަރަހައްދުގެ ފުލުހުން ބަލަހައްޓަމުންދާ ގޮތާމެދު އާންމުންގެ ފާޑުކިޔުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ސާޖަންޓަކު ދާދިފަހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ގެއްލޭ މީހުންގެ އާއިލާތަކަށް ދޮގު މައުލޫމާތު ދިނުމާއި، މައްސަލަތަކުގެ ތަހުގީގު އެކަށީގެންވާ ވަރަށް ނުބަލައި އަވަސްއަރުވާލައިގެން ނިންމާލާފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސާޖަންޓުގެ މަތީގައި ތިބި އިސް ހަތަރު އޮފިސަރަކު ވެސް މިހާރު ވަނީ މަގާމުން އެކަހެރިކޮށްފައެވެ.

މަރުވެފައި އޮއްވާ ފެނުނު މީހުންގެ ތެރޭގައި މިދިޔަ މެއި މަހު ގެއްލިގެން ރިޕޯޓްކުރި އުމުރުން 37 އަހަރުގެ ޖަންގް މި-ރަން ހިމެނެއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއާ އެންމެ 500 މީޓަރު ދުރުގައި އޮތް ދަނޑަކުންނެވެ. ފުލުހުން ލަފާކުރާ ގޮތުގައި އޭނާ މަރުވީ އަމިއްލައަށެވެ.

ދެން ފެނިފައިވަނީ މިދިޔަ ޖޫން މަހު ގެއްލިގެން ރިޕޯޓްކުރި އުމުރުން 60 އަހަރުން މަތީގެ ފިރިހެނެއްގެ ހަށިގަނޑެވެ. އޭނާގެ އާއިލާއިން ބުނި ގޮތުގައި، އޭނާ ސަލާމަތުން ހުރި ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް، އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލުނުތާ 51 ދުވަސް ފަހުންނެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ހައްޔަރުކުރި އޮފިސަރު ބެލި 300 އެއްހާ މައްސަލަ އަލުން މުރާޖާ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ އަހުލާގީ މިންގަނޑުތަކާއި އާންމުންގެ ސަލާމަތާ މެދު ކަންބޮޑުވުން އުފެދިފައިވާތީ، ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިއުންގް ވަނީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަށް އަމުރު ކުރައްވާފައެވެ.

މި މައްސަލައިގައި ފުލުހުންގެ އިހުމާލުން ގެއްލުނު މީހުން ހޯދުން ލަސްވިތޯ ބެލުމަށް ތަހުގީގުތައް އަދިވެސް ދަނީ ކުރިއަށެވެ.

]]>
Thu, 27 Aug 2026 22:39:46 +0500 ނާއިރާ
ރޫހާނީފަރުވާގެ ނަމުގައި ޖިންސީ ގޯނާކުރި ފާދިރީއަކަށް ދަޢުވާ އުފުލައިފި https://heerasnews.com/4537 https://heerasnews.com/4537 ކެނެޑާގެ އޮޝާވާގައި ކުރިއަށްގެންދިޔަ ސިއްރު ރޫހާނީ ފަރުވާއެއްގެ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އެމެރިކާއަށް ނިސްބަތްވާ ހިންދޫ ފާދިރީއެއްގެ މައްޗަށް ކެނެޑާގެ ފުލުހުން ދައުވާ އުފުލައިފިއެވެ. މި މައްސަލަ ތަޙުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ އިތުރު ޝިކާރަތަކެއް ތިބެދާނެ ކަމަށް ބެލެވޭތީ، އެކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮންޓޭރިއޯގެ އޮޝާވާގައި ބޭއްވި ދީނީ ރަސްމިއްޔާތެއްގެ ތެރެއިން، އޭނާގެ ދީނީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމެރިކާގެ މި ފާދިރީ ވަނީ ހައްޔަރުކޮށްފައެވެ. ޑާހަމް ރީޖަނަލް ޕޮލިހުން ހާމަކުރި ގޮތުގައި، މި މީހާ ކެނެޑާއަށް ގެނައީ އާއިލާއަކުން އިސްނަގައިގެން ހިންދޫ ދީނީ ރަސްމިއްޔާތެއް ބޭއްވުމަށެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، އެ އާއިލާގެ އަންހެނަކީ ނުބައި ރޫހެއް އަވަލާފައިވާ މީހެއް ކަމަށާއި، އެކަމުން ސަލާމަތްވުމަށް ހާއްސަ ރޫހާނީ ފަރުވާއެއް ބޭނުންވާ ކަމަށް ބުނެ އޭނާ ވަނީ އެ އަންހެން މީހާއަށް އޮޅުވާލާފައެވެ.

އީސްޓް ޑިވިޒަންގެ ފުލުހުން މި މައްސަލައިގެ ރިޕޯޓާ ގުޅިގެން ހާޒިރުވީ އޮގަސްޓް 25 ވީ އަންގާރަ ދުވަހު، ހާމަނީ ރޯޑް ނޯތު އަދި ކޮންލިން ރޯޑް އީސްޓް ސަރަޙައްދަށެވެ. ފުލުހުން ބުނި ގޮތުގައި އަނިޔާ ލިބުނު ފަރާތާއި އޭނާގެ އާއިލާއިން މި ފާދިރީ ގެނައީ ދީނީ ކަންކަން ފުރިހަމަކުރުމަށެވެ. ނަމަވެސް، އަންހެން މީހާގެ ހަށިގަނޑުގައި ނުބައި ރޫހެއްވާ ކަމަށް ބުނެ، އެކަމުން ޝިފާ ހޯދުމަށްޓަކައި އެކަހެރިކޮށް ރޫހާނީ ކަމެއް ކުރަންޖެހޭ ކަމަށް އޭނާ ވަނީ ވިސްނައިދީފައެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުން، "ދީނީ ރަސްމިއްޔާތެއް ބޭއްވުމުގެ ނަމުގައި" އޭނާ އެ އަންހެން މީހާ އެކަހެރި ތަނަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެއެވެ. މިކަން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، އެއްވެސް ކުރިމަތިލުމަކާ ނުލައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރެވުނު މީހަކީ ނިއުޔޯކްގެ ރިޗްމަންޑް ހިލްއަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ ރާޖެންދުރަނާތު ދޫދުނާތު މަރާޖްއެވެ. އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލައި، ބަންދާމެދު ގޮތެއް ނިންމުމަށް ވަނީ ކޯޓަށް ހާޒިރުކުރެވިފައެވެ.

އިތުރު ޝިކާރަތަކެއް ތިބެދާނެ ކަމުގެ ބިރު 

ޑާހަމް ރީޖަނަލް ޕޮލިހުން ވަނީ މި މައްސަލައިގެ ތަޙުގީގުގެ ތެރެއިން ތުހުމަތުކުރެވޭ މީހާގެ ފޮޓޯ އާންމުކޮށްފައެވެ. އަދި މިފަދަ އިތުރު ކަމެއް އެހެން ބަޔަކަށް ދިމާވެފައިވާނަމަ ނުވަތަ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އީސްޓް ޑިވިޒަންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބްރާންޗަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، ސިއްރުކޮށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް ޑާހަމް ރީޖަނަލް ކްރައިމް ސްޓޮޕާސް މެދުވެރިކޮށް ނުވަތަ އެ ފަރާތުގެ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ދެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ. މިފަދަ މަޢުލޫމާތު ދޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ލިބުމުގެ ފުރުޞަތު އޮތް ނަމަވެސް، ކޯޓުން ވަކި ގޮތެއް ނިންމަންދެން މި ތުހުމަތުތަކަކީ އަދި ސާބިތުވެފައިވާ ކަންތައްތަކެއް ނޫން ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. 

]]>
Thu, 27 Aug 2026 11:48:02 +0500 ނިއުސް ޑެސްކް
ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރުގައި ފެންބޮޑުވުމުގެ ކާރިސާއެއް https://heerasnews.com/4535 https://heerasnews.com/4535 ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް ބުދަ ދުވަހު ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއެއްގައި އެތައް ބަޔަކު މަރުވެ، ސަތޭކައަށްވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ނޭޕާލްގެ ރަސުވާ ޑިސްޓްރިކްޓްގައި އޮންނަ ބޯޓޭ ކޯޝީ ކޯރަށެވެ. މި ފެންބޮޑުވުން މެދުވެރިވީ ބޮޑު ސަރަހައްދަކުން ގަނޑުފެނާއި ހިލަތައް ފޭބުމުގެ ސަބަބުން ކޯރުގެ ފެންގަނޑު ކުއްލިއަކަށް އުފުލިގެންނެވެ. މި ކާރިސާގައި ގިނަ އަދަދެއްގެ ގެދޮރާއި، މަގުތަކާއި، ފާލަންތަކުގެ އިތުރުން އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިހާތަނަށް 95 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، ބޭރުގައުމުތަކުގެ ފަތުރުވެރިން ހިމެނޭހެން އެތައް ސަތޭކަ މީހުން އަދިވެސް ވަނީ ގެއްލިފައެވެ. ސަލާމަތްތެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން ހެލިކޮޕްޓަރާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދިރިތިބި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ކާރިސާގެ ސަބަބުން ޓިބެޓަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ގައުމުންވެސް ބައެއް މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ގެއްލިފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ގެއްލުންތަކުގެ ތަފްސީލު ބަލަމުންނެވެ.

]]>
Wed, 26 Aug 2026 22:54:10 +0500 ނާއިރާ
އަލިފާނުގެ ހާދިސާއެއްގައި 14 ތުއްތު ކުދިން މަރުވެއްޖެ https://heerasnews.com/4533 https://heerasnews.com/4533 ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީ.އައި.އެމް.އެސް) ގެ ނާސަރީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 14 ތުއްތު ކުދިން މަރުވެއްޖެއެވެ. ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެއަރކޮންޑިޝަނަރެއްގެ ކޮމްޕްރެސަރެއް ގޮވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. މި ހިތާމަވެރި ހާދިސާއާއި ހޮސްޕިޓަލުގެ ސަލާމަތީ ކަންކަން ހުރިގޮތް ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އެ ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ވޯޑުގައެވެ. ހޮސްޕިޓަލުގެ އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި، އަލިފާން ރޯވި ވަގުތު ނާސަރީގައި 15 ތުއްތު ކުދިން ތިއްބެވެ. އޭގެ ތެރެއިން ވަގުތުން ސަލާމަތް ކުރެވުނީ އެންމެ ކުއްޖެކެވެ. އެހެން ހުރިހާ ކުދިން ވަނީ މި ހާދިސާގައި މަރުވެފައެވެ.

ރެސްކިއު ޓީމުތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހެނދުނު ގާތްގަނޑަކަށް 06:45 ހާއިރުއެވެ. ޕާކިސްތާނުގެ ޖިއޯ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލިފާން ރޯވީ އެއަރކޮންޑިޝަނަރެއްގެ ކޮމްޕްރެސަރު ގޮވުމުގެ ސަބަބުންނެވެ. އަލިފާން ނިއްވާ ފަރާތްތަކުން ވަގުތުން ހަރަކާތްތެރިވެ، އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. އަލިފާން ނިއްވުމަށްފަހު، އަލުން އަލިފާން ރޯވިޔަ ނުދިނުމަށްޓަކައި އެ ސަރަހައްދު ފިނިކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި، ހޮސްޕިޓަލުގެ މަދަރ އެންޑް ޗައިލްޑް ހެލްތު (އެމް.ސީ.އެޗް) ވޯޑުގެ ތިންވަނަ ފަންގިފިލާގައި ރޯވި މި އަލިފާނުގައި 14 ކުއްޖަކު ވަނީ މުޅިން އަނދައިގެން ގޮސްފައެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ރެސްކިއު ޓީމުތަކުން ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. މި މަސައްކަތުގައި ފަޔަރ ބްރިގޭޑުގެ 6 ވެހިކަލަކާއި 4 އެމްބިއުލަންސް ބޭނުންކޮށްފައިވެއެވެ.

ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ސަލާމަތީ ކަންކަމާ މެދު ވަނީ ސީރިއަސް ސުވާލުތަކެއް އުފެދިފައެވެ. ވަކިން ހާއްސަކޮށް، ރައްކާތެރިކަން އެންމެ ބޮޑަށް ބޭނުންވާ ތުއްތު ކުދިން ބައިތިއްބާ ވޯޑެއްގައި މިފަދަ ކަމެއް ހިނގުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށްޓަކައި އެޑިޝަނަލް ޑެޕިއުޓީ ކޮމިޝަނަރު އިސްކޮށް ހުންނަވާ ތަހުގީގީ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލާފައެވެ. މި ތަހުގީގުގައި ކުދިން މަރުވާން މެދުވެރިވި ހާލަތްތަކާއި، ކުއްލި ހާލަތުގައި ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތް ބަލާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާގެ އިތުރު ތަފްސީލާއި ތަހުގީގީ ރިޕޯޓުގެ ނަތީޖާއަށް މިހާރު ދަނީ އިންތިޒާރު ކުރަމުންނެވެ.

]]>
Wed, 26 Aug 2026 18:10:07 +0500 ނިއުސް ޑެސްކް
ކޮކްރޮޗުން ބެންގާލަށް ގަދަކޮށް ބީޖޭބީ ހޫނުފެނަށް https://heerasnews.com/4527 https://heerasnews.com/4527 ބެންގަލްގެ އިދިކޮޅު ސިޔާސީ މައިދާނަށް ވަނުމަށް ސީ.ޖޭ.ޕީ އިން މަސައްކަތް ކުރަމުން ދަނީ، އެ ސަރަހައްދުގައި ޓީ.އެމް.ސީ ބައިބައިވެ ބަލިކަށިވެ، ކޮންގްރެސް އާއި ލެފްޓް ޕާޓީތަކުގެ ނުފޫޒު ކުޑަވެފައިވާ ދަނޑިވަޅެއްގައެވެ.

ސްކޫލްތައް ބަލައި ފާސްކުރުމުގެ ކެމްޕޭނެއްގެ ތެރެއިން ހިނގި ހާދިސާއެއްގައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ވޮލަންޓިއަރެއްގެ ބައްޕަ، މަރުވުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާއެކު، އަބީޖީތު ދިޕްކޭ އިސްކޮށް ހުންނަވާ އެ ޖަމާއަތަށް ހުޅަނގު ބެންގަލްގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މިހާރު ސީ.ޖޭ.ޕީ އިން ރާވަމުންދަނީ އެ ސަރަހައްދުގައި ފުޅާވެ، ދާދިފަހުން އިންތިހާބުވި ބީ.ޖޭ.ޕީ ސަރުކާރާ ދެކޮޅަށް ތެދުވުމަށެވެ.

ސީ.ޖޭ.ޕީ އިން މި މަސައްކަތް ފަށާފައިވަނީ ބެންގަލްގެ މައި އިދިކޮޅު ޕާޓީ، ތުރިނަމޫލް ކޮންގްރެސް (ޓީ.އެމް.ސީ) ބަލިކަށިވެފައިވާ ވަގުތެއްގައެވެ. އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބީ.ޖޭ.ޕީ އާ ގުޅިފައިއެވެ. އަނެއް ބަޔަކު ވަނީ ވަކި ޖަމާއަތްތަކެއް އުފައްދާފައެވެ. ކޮންގްރެސް އާއި ސީ.ޕީ.އައި(އެމް) ގެ ނުފޫޒުވެސް މަޖިލީހުގައި ވަރަށް ކުޑަވެފައިވާއިރު، ބީ.ޖޭ.ޕީ އާ ދެކޮޅަށް ވަރުގަދަ ހަރަކާތެއް ހިންގޭ ފަދަ މަގާމެއްގައި އެ ފަރާތްތަކެއް ނެތެވެ.

ސީ.ޖޭ.ޕީ ގެ އެކްޓިވިސްޓް އަބްދުލް ހާފިޒްގެ ބައްޕަ، ޝެއިހު މުހައްމަދު މާފިގް މަރުވުމާ ގުޅިގެން، އެ ޖަމާއަތުން ވަނީ ސުވެންދު އަދިކާރީ އިސްކޮށް ހުންނަވާ ބީ.ޖޭ.ޕީ ސަރުކާރަށް އަމާޒުކޮށް، ބެންގަލްގެ އިދިކޮޅު ސިޔާސީ ހުސްކަން ފޫބައްދަން ފަށާފައެވެ.

"އަހަރެމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އަބްދުލްއަށް އިންސާފު ހޯދައިދިނުމަށް. އަހަރެމެން އެދެނީ ހަމައެކަނި ކުށްވެރިން ހައްޔަރުކުރުމެއް ނޫން، އޭނާގެ ބައްޕަގެ ނަމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްކޫލެއް ގާއިމުކުރުމަކީވެސް އަހަރެމެންގެ ޑިމާންޑެއް. އަބްދުލް ވަނީ ބަދަލު ހޯދުމަށް އިންކާރުކޮށް، އޭނާގެ އަވަށުގައި ބައްޕަގެ ނަމުގައި ރަނގަޅު ފެންވަރުގެ ސްކޫލެއް ސަރުކާރުން އަޅައިދިނުމަށް އެދިފައި،" ކަލްކަތާގައި ހުންނަވާ ސީ.ޖޭ.ޕީ ގެ އިސް މެންބަރެއް ކަމަށްވާ ދެދިޕްޔާ ގަންގޫލީ ވިދާޅުވިއެވެ.

ގަންގޫލީ އިތުރަށް ވިދާޅުވީ، މި މައްސަލަ ހައްލުވުމުން ބެންގަލްގައި 'ސްކޫލް ތިކް ކަރޯ' (ސްކޫލްތައް އިސްލާހުކުރޭ) ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށައި، ޖަމާއަތް ފުޅާކުރާނެ ކަމަށެވެ. އަދި ބޭނުމަކީ ބެންގަލްގެ ސްކޫލްތަކުގެ ހާލަތު ދަށްވެފައިވާ މިންވަރު ހާމަކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސީ.ޖޭ.ޕީ ގެ އަމާޒަކީ ތައުލީމީ ދާއިރާގައި ހުރި އުނިކަންތައްތައް ފާހަގަކުރުން ކަމަށާއި، އެއީ އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަށް ކުރާ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. "އަހަރެމެން ބޭނުމީ ސްކޫލްތަކަށް ޒިޔާރަތްކޮށް، ސާވޭކޮށް، އެތަންތަނުގެ ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނައުން. ތަރައްގީ ގެނައުމަކީ ސަރުކާރުގެ ޒިންމާއެއް. އަހަރެމެން މިއުޅެނީ ކުރިމަތިލުމަކަށް ދާކަށް ނޫން،" ގަންގޫލީ ވިދާޅުވިއެވެ.

ސީ.ޖޭ.ޕީ އެކްޓިވިސްޓަށް ދިން ހަމަލާ

ސީޖޭޕީން ބަންގާޅަށް ވަނުމުގެ ކުރިން، ބަންކުރާ ޑިސްޓްރިކްޓްގެ ކޮރިސުންޑާ އަވަށަށް ނިސްބަތްވާ ވޮލަންޓިއަރު އަބްދުލް ހާފިޒް ވަނީ ޖޫން-ޖުލައި މަހު ދިއްލީގެ ޖަންތަރު މަންތަރުގައި ބޭއްވި މުޒާހަރާތަކުގައި ބައިވެރިވެފައެވެ. އެ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހިންގި ހަރަކާތްތަކާވެސް އޭނާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އެނބުރި ރަށަށް އައުމަށްފަހު، ސީޖޭޕީގެ 'ސްކޫލް ތިކް ކަރޯ' ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮރިސުންޑާގައި ހުރި ސަރުކާރުގެ ބަނގުރޫޓުވެފައިވާ ޕްރައިމަރީ ސްކޫލެއްގެ ވީޑިއޯއެއް އަބްދުލް ރެކޯޑްކުރިއެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ އާންމުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އޮގަސްޓް 13 ވަނަ ދުވަހު، އަބްދުލް އެ ސްކޫލަށް ދިޔަ މައްސަލައިގައި ހިތްހަމަނުޖެހިފައި ތިބި ބަޔަކު އޭނާގެ އާއިލާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވެއެވެ.

ދިއްލީގައި ބޭއްވި މުޒާހަރާތަކަށްފަހު އެނބުރި އައީއްސުރެ އިންޒާރުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނާ ހާފިޒް ބުނި ގޮތުގައި، އެ ހަމަލާދިން މީހުންނަކީ ބީޖޭޕީއާ ގުޅުން އޮތް ބައެކެވެ. ނަމަވެސް، ހާފިޒްގެ ބައްޕަ ޝެއިހު މުހައްމަދު މަފީގް މަރުވީ އެ ހަމަލާގެ ސަބަބުން ކަމަށް ބުނެ ކުރާ ދައުވާތަކަކީ އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ހުޅަނގު ބަންގާޅުގެ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އޭނާ ބުރުދުވާން މެޑިކަލް ކޮލެޖުގައި އެޑްމިޓްކުރީ އޮގަސްޓް 15 ވަނަ ދުވަހު ލޭގެ ޕްރެޝަރު އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުންނެވެ. މަފީގް މަރުވީ އެރޭގެ ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅިގެން ސީޖޭޕީގެ ޓީމަކުން އަބްދުލްގެ ގެއަށް ޒިޔާރަތްކޮށް، އެ ޖަމިއްޔާގެ ވޮލަންޓިއަރަށް ދިން ހަމަލާއާއި އޭނާގެ ބައްޕަގެ މަރާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލިއެވެ. މި މައްސަލައިގައި ފުލުހުން ވަނީ އަށް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ފުރަތަމަ އެފްއައިއާރުގައި ނަން ހިމެނޭ ތިން މީހަކާއި އިތުރު ފަސް މީހަކު ހިމެނެއެވެ. އަދިވެސް ދެ މީހަކު ފިލައިގެން އުޅޭއިރު، އަބްދުލްގެ ގޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ހަމަޖައްސާފައެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި، މަފީގްގެ މަރާ ގުޅިގެން ފިޔަވަޅު އެޅުމަށް ސީޖޭޕީން ވަނީ 10 ދުވަހުގެ މުހުލަތެއް ދީފައެވެ. އެ މުއްދަތުގެ ތެރޭގައި އެދިފައިވާ ކަންކަމަށް އަމަލީ ފިޔަވަޅެއް ނާޅައިފިނަމަ، ބަންކުރާގެ ޑީއެމް އޮފީސް ދޮށުގައި މުޒާހަރާކޮށް އެތަން ވަށާލާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ސީޖޭޕީގެ ބުކިންތައް ކެންސަލްކުރުން

ޖަންތަރު މަންތަރުގައި ފުލުހުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި ހަރަކާތްތަކަށްފަހު، ކަލްކަތާގައި މުޒާހަރާ ކުރުމުގެ ހުއްދައަށް ސީޖޭޕީން ތިން ފަހަރެއްގެ މަތިން އެދުނެވެ. ނަމަވެސް ކަލްކަތާ ފުލުހުން އެ ހުރިހާ ހުއްދައެއް ދިނުމަށް އިންކާރު ކުރުމުން، އެ ޖަމިއްޔާގެ މެންބަރުންނަށް ޖެހުނީ އެހެން މުޒާހަރާ ކުރާ މީހުންނާ އެކު އެމީހުންގެ ބެނާތަކާ ނުލައި ބައިވެރިވާށެވެ. މި ދަނޑިވަޅުގައި ބައެއް ނޫސްވެރިންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ހަމަލާތަކެއް އަމާޒުވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

އަބްދުލްގެ ބައްޕަގެ މަރާ ގުޅިގެން، ސީޖޭޕީގެ އިސް ވެރިން ކަމަށްވާ އަޝުތޯޝް ރަންކާ ފަދަ ބޭފުޅުން އޮގަސްޓް 18 ގައި ބަންގާޅަށް ޒިޔާރަތްކުރެއްވީ އެ ސްޓޭޓްގެ މެންބަރުންނާ ބައްދަލުކުރެއްވުމަށެވެ. ނަމަވެސް، ހަ ތަނަކުން ވަނީ އެ ބައްދަލުވުން ބޭއްވުމަށް ފުރުސަތު ދިނުމަށް އިންކާރުކޮށް ނުވަތަ ބުކިންތައް ކެންސަލްކޮށްފައެވެ.

ފަހުން އެބޭފުޅުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ކަލްކަތާ ޕްރެސް ކްލަބުން ބޭރުގައި މަގުމަތީގައެވެ. އެއީ އެތެރޭގައި ފެންބޮޑުވުމާއި ކަރަންޓުގެ ހިދުމަތް ނެތުމުގެ ސަބަބުން ކަމަށް ބުންޏެވެ. އަދި އެތެރޭގެ ބައްދަލުވުމަކަށް ބުކްކުރި އެހެން ތަނެއް ކެންސަލްކުރީ، އެތަނުގެ މެނޭޖްމަންޓަށް ބީޖޭޕީގެ ފަރާތުން ފިއްތުންތައް ކުރިމަތިވުމުން ކަމަށްވެސް ސީޖޭޕީން ތުހުމަތުކުރިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ސީޖޭޕީގެ މެންބަރު ސުނިލް ކުމާރު ތިވާރީ ބުނީ، އޮގަސްޓް 17 ގައި ހޯލެއް ބުކްކުރުމަށް ވާހަކަ ދެކެވި، އަނެއް ދުވަހު ފައިސާ ދައްކައި ބުކިން ނިންމަން ދިޔުމުން އެކަން ކުރަން އެތަނުން އިންކާރުކުރި ކަމަށެވެ. އަދި އޭގެ ފަހުން ދިޔަ އެހެން ތަންތަނުންވެސް ކުރިމަތިވީ ހަމަ އެފަދަ ނަތީޖާއަކާ ކަމަށް އޭނާ ބުންޏެވެ.

ބީޖޭޕީގެ ލީޑަރުން އެ ތަންތަނަށް ފިއްތުންތައް ކުރިމަތިކުރި ކަމުގެ އެއްވެސް ހެއްކެއް އެބައޮތްތޯ ސުވާލުކުރުމުން އޭނާ ބުނީ، އެފަދަ ސީދާ މުއާމަލާތެއް ނެތް ނަމަވެސް، އެއީ "މަތިން" އައި ފިއްތުންތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

އަޝުތޯޝް ރަންކާ ތުހުމަތުކުރި ގޮތުގައި، ބައްދަލުވުންތައް ބޭއްވުމަށް ހުއްދަ ދީފިނަމަ ފިޔަވަޅު އެޅިދާނެތީ ނުވަތަ ހަމަލާއެއް އަތުވެދާނެތީ ތަންތަނުގެ ވެރިން ތިބީ ބިރުންނެވެ. ނަމަވެސް މި ތުހުމަތުތައް މިނިވަންކަމާއެކު ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މި މައްސަލަތައް ފެންމަތިވެފައިވަނީ އޮގަސްޓް 13 ގައި އަބްދުލްގެ އާއިލާއަށް ދިން ހަމަލާއާ ގުޅިގެން ސީޖޭޕީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައެވެ. ސީޖޭޕީގެ މެންބަރު ސުދީރު ސަންގްވާން ތުހުމަތުކުރި ގޮތުގައި، އެ ހަމަލާގައި ބައިވެރިވި މީހުންނަކީ ބީޖޭޕީއާ ގުޅުން އޮތް ބައެކެވެ. އެކަން ސާބިތުކޮށްދޭނެ ފޮޓޯއާއި ހެކި އެބަހުރި ކަމަށްވެސް އޭނާ ބުންޏެވެ.

ބީޖޭޕީގެ ރާޖްޔާ ސަބާ މެންބަރު ރާހުލް ސިންހާ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންފުޅެއް ނުވިއެވެ. "ސީޖޭޕީއާ ބެހޭގޮތުން ވާހަކަ ދައްކާނެ ވަގުތެއް އަހަރެމެންގެ ނެތް،" އޭނާ ވިދާޅުވިއެވެ.

ސީޕީއައި(އެމް) ގެ ލީޑަރު މަޔޫކް ބިސްވާސް ވިދާޅުވީ، ތައުލީމާއި ސިއްހަތު ފަދަ އަސާސީ ހިދުމަތްތަކަށް ރައްޔިތުން އެދެން ފެށުމުން ބީޖޭޕީ އޮތީ ބިރުން ކަމަށެވެ. އަދި ދީނީ އަދި ފިތުނަވެރި ސިޔާސަތުތައް އޮބެމުންދާތީ، އެއީ ބަންގާޅާއި މުޅި އިންޑިއާގައިވެސް ބީޖޭޕީގެ ލީޑަޝިޕަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.                   

]]>
Mon, 24 Aug 2026 07:55:34 +0500 ނިއުސް ޑެސްކް
އަގުބޮޑު ހޮޓާތަކުގައި ދިރިއުޅޭ ތަޖުރިބާކާރު ވަގަކު ރިޓަޔަރޑް ޓީޗަރަކު މަރާލައިފި https://heerasnews.com/4526 https://heerasnews.com/4526 ދެކުނު އިރުމަތީ ދިއްލީގެ ޖަންގްޕޫރާގައި ހުންނަ ގޭގެ ތެރޭގައި އުމުރުން 69 އަހަރުގެ ރިޓަޔަރޑް ޓީޗަރަކު މަރާލިތާ އެއްދުވަސް ފަހުން، އެކަން ކުރި މީހާ ދެނެގަނެވިފައިވާ ކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ސުވާލުކުރުމަށް ހޮނިހިރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޕްރީތީ ކުމާރީ މަރުވެފައި އޮއްވާ އޭނާގެ ދަރިފުޅަށް ފެނުނީ ހުކުރު ދުވަހުގެ ހެނދުނު އެނދުމަތީގައި އޮއްވައެވެ. އޭނާ ފެނުނުއިރު އަތް އޮތީ ބަނދެފައެވެ. އަދި މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ.

ފުލުހުން ބުނާ ގޮތުގައި، ވައްކަން ކޮށްފައިވާ ގޮތަށް ބަލާއިރު މިކަމުގައި ތުހުމަތުކުރެވޭ މީހާއަކީ މީގެ ކުރިން ވެސް މިފަދަ އެހެން ކުށްތަކެއްގައި ބައިވެރިވެފައިވާނެ މީހެއް ކަމަށް ބެލެވެއެވެ. "މޫނު ނިވާކޮށްގެން ހުރި މި މީހާ މިހާރު ވަނީ ދެނެގަނެވިފައި. މިއީ ވައްކަން ކުރުމުގެ ތަޖުރިބާހުރި، އަގުބޮޑު ހޮޓާތަކުގައި ދިރިއުޅޭ މީހެއް،" ފުލުހުންގެ އޮފިސަރަކު ވިދާޅުވިއެވެ.

ޕްރީތީ ކުމާރީ މަރުވެފައި އޮއްވާ އޭނާގެ ދަރިފުޅަށް ފެނުނީ ހުކުރު ދުވަހުގެ ހެނދުނެވެ. ޕްރީތީއަކީ ޕާންޓް ނަގަރުގެ ފުލުހުންގެ ބޫތަކާ 100 އެއްހާ މީޓަރު ދުރުގައި ހުންނަ އިމާރާތެއްގެ ތިރީބައިގައި އެކަނި ދިރިއުޅެމުންދިޔަ މީހެކެވެ. ފުލުހުން ލަފާކުރާ ގޮތުގައި މި ހަމަލާ ދީފައިވަނީ ފަތިހު 3 ޖެހުމާއި 4 ޖެހުމާ ދެމެދުގައެވެ.

ވަގުކަލޭގެ އެ ގެއިން ފޯނަކާއި "ގިނަ އަދަދެއްގެ" ރަން ގަހަނާ ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ހަމަލާ ދިން މީހާއަށް ޕްރީތީގެ ދިރިއުޅުމުގެ އާދަކާދަތައް ވަރަށް ރަނގަޅަށް އެނގެއެވެ.

ކޮންމެ ދުވަހަކު ހެނދުނު ޕްރީތީ ސައި ތައްޔާރުކޮށްގެން ބޭރަށް ނުކުމެ، މަގުމަތީގައި އުޅޭ މީހުންނަށް ސައި ބެހުމަށްފަހު، އޭނާ ހިލޭސާބަހަށް މަސައްކަތްކުރާ ކުލިނިކަށް ދިއުމަކީ އާންމުކޮށް އޭނާ ކުރާ ކަމެކެވެ.

ފުލުހުން ބުނި ގޮތުގައި، މޫނު ނިވާކޮށްގެން ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެން ހުރި މި މީހާ، ޕްރީތީ ދޮރު ހުޅުވާނެ ވަގުތަކަށް ވަރަށް ކެތްތެރިކަމާއެކު ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. ގެއަށް ވަދެފައިވަނީ ދޮރު ހަލާކުކޮށްލައިގެން ނޫން ކަމަށާއި، އެ އިމާރާތުގެ ތިރީބައިގައި ހުރި އެހެން ހުރިހާ ގެއެއްގެ ދޮރުތައް ވެސް ބޭރުން ތަޅުލާފައި ހުރި ކަމަށް ފުލުހުން ފާހަގަކުރިއެވެ.

"ބެލެވޭ ގޮތުގައި މި މީހާ ގެއަށް ވަދެފައިވަނީ ގޭގެ ކުރިމަތީގައި އޮންނަ ޕާކާ ދިމާލުން. ފާއިތުވި 10 ދުވަހު އެ ސަރަހައްދަށް ޒިޔާރަތްކުރި 10 އަށްވުރެ ގިނަ މީހުންނާ މިހާރު ވަނީ ސުވާލުކުރެވިފައި،" އޮފިސަރު ވިދާޅުވިއެވެ. "ގޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއިން އެ މީހާ ފެނުނު ނަމަވެސް، ކެމެރާ ކުރިމަތީގައި ގަސްތަކެއް ހުރުމުގެ ސަބަބުން އޭނާގެ މޫނު އެއްކޮށް ސާފެއް ނުވޭ. އެހެންނަމަވެސް، އޭނާ އެ ސަރަހައްދުގެ ފަހަތުގައި އޮންނަ ކުނި ކޯރު ކައިރިއަށް ދާތަން ފެނިފައިވޭ."

ފުލުހުން އިތުރަށް ބުނި ގޮތުގައި، މީގެ ދުވަސްކޮޅެއް ކުރިން އެ ގޭގެ މަރާމާތު މަސައްކަތެއް ކުރި ވަޑާމުގެ މަސައްކަތްތެރިއަކާއި، އެ ސަރަހައްދުގައި ކާރު ދޮންނަން އުޅޭ މީހަކު ހިމެނޭހެން ތިން މީހަކު ވަނީ ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޕްރީތީއާ ތިރީހަކަށް އަހަރު ގާތް ގުޅުމެއް އޮންނަ، އެ އިމާރާތުގެ ތިރީބައިގައި ދިރިއުޅޭ ޕުޝްޕާ ޝަރުމާ (75) ބުނި ގޮތުގައި، އޭނާ ހެނދުނު ހޭލިއިރު އޭނާގެ ގޭގެ ދޮރު ވެސް ހުރީ ބޭރުން ތަޅުލާފައެވެ. "އަހަންނަށް އެއްވެސް އަޑެއް ނީވޭ. ހޭލިއިރު މައި ދޮރު ހުރީ ބޭރުން ތަޅުލާފައި. ދެން މީހަކަށް ގޮވައިގެން ދޮރު ހުޅުވީ. އަހަންނަށް ބޭރަށް ނުކުމެވުނުއިރު ފުލުހުން ތިބީ އައިސް،" އޭނާ ކިޔައިދިނެވެ.

]]>
Sun, 23 Aug 2026 15:29:06 +0500 ނިއުސް ޑެސްކް
މީހަކު އޭނާގެ އަނބިމީހާ އާއި 15 އަހަރުގެ ދަރިފުޅު މަރާލައިފި https://heerasnews.com/4525 https://heerasnews.com/4525 އިންޑިއާގެ ގާޒިއާބާދުގެ ކޯދާ ކޮލޮނީގައި މީހަކު އޭނާގެ އަނބިމީހާއާއި 15 އަހަރުގެ އަންހެން ދަރިފުޅު މަރާލައި، 14 އަހަރުގެ އަނެއް އަންހެން ދަރިފުޅު ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މައްސަލައިގައި ތުހުމަތުކުރެވޭ ރާޖާ އަންސާރީ މިހާރު ހައްޔަރުކޮށް ސުވާލުކުރަމުންނެވެ. ފުލުހުން ދަނީ އާއިލީ މައްސަލައެއްގެ ސަބަބުން ހިނގި ކަމަށް ބެލެވޭ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހާދިސާ ހިންގާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ގާޒިއާބާދުގެ ކޯދާ ކޮލޮނީގެ ލޮކްޕްރިޔާ ވިހާރު ސަރަހައްދުގައެވެ. މިކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް، ޒަހަމްވި ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މިހާރު އެ ކުއްޖާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށާއި، ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނި ގޮތުގައި، ހޮނިހިރު ދުވަހު ލޮކްޕްރިޔާ ވިހާރުގެ ގަލީ ނަންބަރު 3 ގައި މީހަކު އޭނާގެ އަނބިމީހާއާއި ދަރިއަކު މަރާލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނެވެ. ހަބަރު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ތަނަށް ދިޔައެވެ.

ތަހުގީގުން އެނގުނު ގޮތުގައި، ބިހާރުގެ އަރާރިއާއަށް ނިސްބަތްވާ ތުހުމަތުކުރެވޭ ރާޖާ އަންސާރީ ދިރިއުޅެމުން ދިޔައީ ލޮކްޕްރިޔާ ވިހާރުގެ އިމާރާތެއްގެ ހަތަރުވަނަ ބުރީގައި އޭނާގެ  އަނބި ބީބީ ތަބައްސުމް އާއި ދެ އަންހެން ދަރިން ކަމަށްވާ ސަނާ ތަބައްސުމް އާއި ރޫބީ ތަބައްސުމްއާ އެކުގައެވެ.

ރާޖާ އަންސާރީ އޭނާގެ އަނބި ބީބީ ތަބައްސުމް އާއި 15 އަހަރުގެ ދަރިފުޅު ސަނާ ތަބައްސުމްއަށް ހަމަލާދީފައިވަނީ މެންދަމުއެވެ. މި ހަމަލާގައި އެ ދެމީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން އޭނާގެ އަނެއް ދަރިފުޅު، 14 އަހަރުގެ ރޫބީ ތަބައްސުމް ވެސް ވަނީ ޒަހަމްވެފައެވެ.

ހާދިސާ ހިނގިކަން އެނގުމާއެކު އެ ސަރަހައްދުގެ މީހުން ވަނީ ފުލުހުންނަށް އަންގާފައެވެ. ފުލުހުން ވަގުތުން ވަނީ ޒަހަމްވި ކުއްޖާ އެމް.ޖީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

މަރުވި ދެމީހުންގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތުހުމަތުކުރެވޭ ރާޖާ އަންސާރީ ހައްޔަރުކޮށް، މިކަން ހިނގައިދިޔަ ގޮތާ ބެހޭގޮތުން ތަފްސީލީ ސުވާލުތައް ކުރަން ފަށާފައެވެ. ފުރަތަމަ ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއީ އާއިލީ ދެބަސްވުމެއްގެ ތެރެއިން ހިނގި ކަމެއް ނަމަވެސް، މަރުގެ ހަގީގީ ސަބަބު އެނގޭނީ ފުލުހުންގެ ތަހުގީގާއި ސުވާލުކުރުންތަކަށް ފަހު ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ފުލުހުން ދަނީ ހާދިސާ ހިނގި ތަނުން ހެކި އެއްކޮށް، ކައިރީގައި ތިބި މީހުންނާ ސުވާލު ކުރަމުންނެވެ.

އިންދިރާޕޫރަމްގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭ.ސީ.ޕީ) ސޫރިޔާބާލީ މައުރިޔާ މި ޖަރީމާއާ ބެހޭގޮތުން ވިދާޅުވީ، " ހޮނިހިރު ވިލޭރޭ ދަންވަރު 12:15 ހާއިރު، ލޮކްޕްރިޔާ ވިހާރުގެ ގަލީ ނަންބަރު 3 ގައި މަރުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު. ފުލުހުން ވަގުތުން އެ ސަރަހައްދަށް ދިޔަ. ތަހުގީގުން އެނގުނީ ރާޖާ އަންސާރީ އޭނާގެ އަނބި ބީބީ ތަބައްސުމް އާއި ދަރިފުޅު ސަނާ ތަބައްސުމް މަރާލާފައިވާ ކަމާއި، އަދި އަނެއް ދަރިފުޅު ރޫބީ ތަބައްސުމް ޒަހަމްވެފައިވާ ކަން." އެނގުނު ކަމަށެވެ.

އޭ.ސީ.ޕީ މައުރިޔާ އިތުރަށް ވިދާޅުވީ، ތުހުމަތުކުރެވޭ މީހާ ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރަމުންދާ ކަމަށާއި، ގާނޫނީ ގޮތުން ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ފުލުހުން މިހާރު ދަނީ މި ހަމަލާ ދިނުމަށް ތުހުމަތުކުރެވޭ މީހާއަށް މަޖުބޫރުވީ ކޮން ކަމަކާ ގުޅިގެންތޯ ބަލައި ތަހުގީގު ކުރަމުންނެވެ.      

]]>
Sun, 23 Aug 2026 14:39:21 +0500 ހީރަސް
88 އަހަރުގެ މާމަ އާއިއެކު އާއިލާގެ 5 މީހުން މަރާލައިފި https://heerasnews.com/4522 https://heerasnews.com/4522 ކެރެލާގެ ތިރުވަނަންތަޕޫރަމްގައި އޮންނަ ވެންޖަރަމޫޑޫ ސަރަހައްދުގައި، "އަފަން" ނަމަކަށް ކިޔާ 23 އަހަރުގެ ފިރިހެނަކު، ހަތިޔާރެއްގެ ގޮތުގައި މަރުތޭލެއް ބޭނުންކޮށްގެން، އާއިލީ ފަސް މީހަކު ވަރަށް އަނިޔާވެރި ގޮތެއްގައި މަރާލައިފިއެވެ. މަރާލި މީހުންގެ ތެރޭގައި ހިމެނެނީ، ކޮއްކޮ އާއި މަންމަ އާއި  މާމަ އާއި ބޮޑުބޭބެ ގެ އިތުރުން ބޮޑުދައިތައެވެ.

ޖަރީމާ ހިންގި ފަހުން، ތުހުމަތުވާ ފަރާތް ވަނީ ސީދާ ފުލުސް ސްޓޭޝަނަށް ހާޒިރުވެ، ކުށަށް އިއުތިރާފުވެފައެވެ. ފުލުހުންގެ ތަހުގީގާ ހަވާލާދީ ބުނެވޭ ގޮތުގައި، ވަރަށް ވިސްނުންތެރިކާއެކު ރޭވައިގެން ހިންގި މަރުތަކުގައި މަރުވި ފަރާތްތަކުގެ  ބޯ ތަޅާ ޗިސްޗިސްކޮށްލާފައިވަނީ ދަނގަޑު މަރުތޭލަކުންނެވެ. 

މަރާލާފައިވާ މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ކައިރީ ފައިސާ ނޫޓްތަކެއް ވިހުރިފައި ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގެއްލުންލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ މާމައަކީ 88 އަހަރުގެ މުސްކުޅި އަންހެނެކެވެ. 

]]>
Thu, 20 Aug 2026 13:50:11 +0500 ނިއުސް ޑެސްކް
ޓްރަމްޕް ގެ މައްޗަށް ސާބިތުވި ޖިންސީ ގޯނާކުރުމުގެ ހުކުމް ބާތިލެއް ނުކުރި https://heerasnews.com/4517 https://heerasnews.com/4517 އީ. ޖީން ކެރޯލްއަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިއްވާފައިވާ ހުކުމް ބާތިލްކުރުމަށް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ދެވަނަ ފަހަރަށް ބޭރުކޮށްލައިފިއެވެ.

ލިޔުންތެރިޔާ އީ. ޖީން ކެރޯލްއަށް ޖިންސީ ގޯނާކޮށް، އޭނާގެ އަބުރަށް އަރައިގަތްކަމަށް ކަނޑައަޅައި މަދަނީ ކޯޓަކުން އިއްވާފައިވާ ހުކުމް މުރާޖައާކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. މީގެ ކުރިން ޖޫން މަހުވެސް އެ ކޯޓުން ވަނީ މިފަދަ ހުށަހެޅުމެއް ބޭރުކޮށްލާފައެވެ.

ޓްރަމްޕް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވާފައެވެ. އަދި މި މައްސަލަ ބެއްލެވި ފަނޑިޔާރު، ޖޫރީންގެ ނިންމުމަށް ނުފޫޒު ފޯރާފަދަ ހެކިތަކެއް ހުށަހެޅުމަށް ފުރުސަތު ދެއްވާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

1990 ގެ އަހަރުތަކުގެ ތެރޭގައި ޓްރަމްޕް އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ކެރޯލް ހުށަހެޅި މައްސަލައިގައި، ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޓްރަމްޕް ވަނީ މިދިޔަ ޖުލައި މަހު ދައްކަވާފައެވެ. ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި މި ހާދިސާއަކީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކޯޓުގެ މި ނިންމުމާ ގުޅިގެން ކެރޯލް ވަނީ އޭނާގެ ގާނޫނީ ޓީމަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކަނި ހުރި އުމުރުން ދުވަސްވީ އަންހެނަކަށް ބޮޑު ބަދަލެއް ނުގެނެވުނު ނަމަވެސް، ގާބިލް ގާނޫނީ ވަކީލުންނާއި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އަންހެނުންގެ އެހީތެރިކަމާއެކު ނުވާނެ ކަމަށް ހީކުރި ކަންކަން ހާސިލްކުރެވިއްޖެ ކަމަށެވެ.

ކެރޯލްގެ ވަކީލު ރޮބާޓާ ކަޕްލާން ވިދާޅުވި ގޮތުގައި، ޓްރަމްޕް ޖިންސީ ގޯނާކޮށް އަބުރަށް އަރައިގަތް ކަމަށް ނިންމި ނިންމުމަކީ މިހާރު ނިހާއީ ނިންމުމެކެވެ. އަދި އެއްވެސް ކޯޓެއްގައި އެ ނިންމުން ދެން އިސްތިއުނާފު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ އަލުން ބަލަން ދެކޮޅު ހެދި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ގާނޫނީ މާހިރުން ދެކޭ ގޮތުގައި، ކޯޓުން ކުރިން ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށްދިނުމަށް ޓްރަމްޕް އެދިވަޑައިގަތުމަކީ އާންމުކޮށް ކޯޓުން ބަލައިގަންނަ ކަމެއް ނޫނެވެ.

މިހާރު އުމުރުން 82 އަހަރުގެ ކެރޯލް، ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރީ 1990 ގެ މެދުތެރޭގައި މެންހަޓަންގެ ފިހާރައެއްގެ ތެރޭގައި އޭނާއަށް ޖިންސީ ގޯނާކުރި މައްސަލައިގައެވެ. އަދި 2022 ވަނަ އަހަރު ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ގައި ކެރޯލްއަކީ އޭނާ ގަޔާވާ ކަހަލަ މީހެއް ނޫން ކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެން އަބުރުގެ ދައުވާ އުފެދުނެވެ.

ކޯޓުގެ ފަހުގެ ނިންމުމާ ގުޅިގެން ޓްރަމްޕް އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ޖޫން މަހުގެ ނިންމުމަށްފަހު އޭނާ ވަނީ މިއީ ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ "ހަނގުރާމައެއް" ކަމަށް ސިފަކުރައްވާފައެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އިލްތިމާސްގައި ޓްރަމްޕްގެ ވަކީލުން ބުނެފައިވަނީ، 2005 ވަނަ އަހަރުގެ "އެކްސެސް ހޮލީވުޑް" ވީޑިއޯ ޖޫރީންނަށް ދެއްކުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އަބުރަށް އަރައިގަތުމުގެ އެހެން މައްސަލައެއްގައި ކެރޯލްއަށް 83.3 މިލިއަން ޑޮލަރު ދެއްކުމަށް އިއްވާފައިވާ ހުކުމް ބާތިލްކުރުމަށްވެސް ޓްރަމްޕް ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ. ޓްރަމްޕްގެ ވަކީލުންގެ ދަލީލަކީ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ކޮމެންޓްތަކަކަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

]]>
Tue, 18 Aug 2026 03:21:43 +0500 އެޑިޓަރ
ޖަޕާނުގައި ސްްރީލަންކާގެ ދަރިވަރަކު، ރަހުމަތްތެރިޔާ މަރާލައިފި https://heerasnews.com/4512 https://heerasnews.com/4512 ޖަޕާނުގައި ކިޔަވަން އުޅުނު ސްްރީލަންކާގެ ދަރިވަރަކު، އޭނާގެ ރަހުމަތްތެރިއެއްގެ ގަޔަށް ވަޅިޖަހައި މަރާލައިފިއެވެ. ޖަޕާނުގެ ޗިބާ ޕްރިފެކްޗާގެ ނަގަރެޔާމާ ސިޓީގައި، 21 އަހަރުގެ ސްރީލަންކާ ފިރިހެނަކަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި، ސްރީލަންކާއަށް ނިސްބަތްވާ 18 އަހަރުގެ ދަރިވަރަކު ފުލުހުން ވަނީ ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެމީހުންނަކީ ވެސް ޖަޕާނުގައި ކިޔަވަން އުޅޭ ބައިނަލްއަގުވާމީ ދަރިވަރުންނެވެ. އަދި މި ދެމީހުން ދިރިއުޅެމުން ދިޔައީ އެއް ތަނެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 10:20 އެހައިކަންހާއިރު، މި ދެމީހުން ދިރިއުޅޭ ގޭގައެވެ. ތުހުމަތު ކުރެވޭ ފަރާތުން ވަނީ ހަމަލާދީ، އަނިޔާ ލިބުނު މީހާގެ ބަނޑަށް ވަޅި ހަރާފައެވެ.

ހާދިސާއަށްފަހު، ތުހުމަތު ކުރެވޭ ފަރާތުން އަމިއްލައަށް ކަމާބެހޭ ފަރާތްތަކަށް (119 އަށް) ގުޅައި އެކަން ރިޕޯޓުކުރިއެވެ. އަނިޔާ ލިބުނު މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. ފުލުހުން އެ ސަރަހައްދުގައި ހުރި 18 އަހަރުގެ ދަރިވަރާ ސުވާލުކުރުމުން، އޭނާ ވަނީ އޭނާގެ ރަހުމަތްތެރިޔާގެ ގަޔަށް ވަޅި ހެރި ކަމަށް އިއުތިރާފުވެފައެވެ.

ފުލުހުން ބުނި ގޮތުގައި މި ދެމީހުންނަކީ ކުރިންވެސް އެކަކު އަނެކަކު ރަނގަޅަށް ދަންނަ ދެމީހުންނެވެ. ހައްޔަރުކުރެވުނު ދަރިވަރު ބުނި ގޮތުގައި، އޭނާ ކޮންޓްރޯލުން ނެއްޓި ހަމަލާދޭން މެދުވެރިވީ، އޭނާއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަދައްކައި، މަންމައަށް ފުރައްސާރަކޮށް، އަދި އޭނާގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.

]]>
Fri, 14 Aug 2026 17:30:53 +0500 އެޑިޓަރ
ކަންގަނާ ބޮލީވުޑަށް: ޕާކިސްތާނާއެކު އޮތް ލޯބީގެ ގުޅުން ނިމޭނީ ކޮންއިރަކުން https://heerasnews.com/4509 https://heerasnews.com/4509 ސަނީ ޑިއޯލްގެ "ބަޓްވާރާ 1947" ރިލީޒްކުރުމުގެ ކުރިން، ބޮލީވުޑުން ޕާކިސްތާނަށް ބާއްވާ ކަމަށް ބުނާ "ލޯބީގެ ގުޅުމަށް" ކަންގަނާ ރަނާވަތު ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އޭނާގެ މި ވާހަކަތައް އައިސްފައިވަނީ، ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު "މޭން ވާޕަސް އާނގާ" ނެޓްފްލިކްސްއަށް އައިސްފައިވާ ދުވަސްވަރެއްގައެވެ. "ބަޓްވާރާ 1947" ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނު ވަކިވުމާ ގުޅިގެން ހުރަސްތަކެއް ކުރިމަތިވި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

ޖަންތަރު މަންތަރުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ބޮލީވުޑްގެ ބައެއް ފަރާތްތަކުން ވަކި ބަޔަކަށް ތާއީދުކޮށް ވާހަކަދައްކާތީ އެކަމަށް އިޝާރާތްކޮށް އޭއެންއައި  އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ، "ޖަންތަރު މަންތަރުގެ މުޒާހަރާތަކާ ގުޅިގެން ފޭކު ކަރުނަ އެޅި ފިލްމީ ދާއިރާގެ މީހުން، މިހާރު ޖަރުކަންދުގައި ތިބި ކުޑަކުދިންނަށްޓަކައިވެސް އެ ކަރުނަ އަޅަންޖެހޭނެ. އެ ކުދިންވެސް ދަނީ ވަރަށް ދަތި ހާލުގައި އުޅެމުން" ކަމަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، "އެމީހުންގެ ފިލްމުތަކުން ވިޔަސް، ބަޔާންތަކުން ވިޔަސް ނުވަތަ އިންޓަވިއުތަކުން ވިޔަސް، ޕާކިސްތާނާއެކު އޮތް މި ލޯބީގެ ގުޅުން ނިމުމަކަށް އަންނާނީ ކޮން އިރަކުން ހެއްޔެވެ؟ އެމީހުން އަބަދުވެސް ތިބެނީ ޕާކިސްތާނާ މެދު މާ ބޮޑަށް ފިކުރު ބޮޑުވެފައެވެ." 

ކަންގަނާ ބޭނުންވަނީ މިއީ ކީއްވެގެންވާ ކަމެއްތޯ ބަލާށެވެ. "ގައުމު ބައިވިތާ މިހާ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް، މި ލޯބީގެ ވާހަކަ ނިމުމަކަށް ނާަންނަނީ ކީއްވެ ހެއްޔެވެ؟ ބޮލީވުޑާއި ޕާކިސްތާނުގެ މި ގުޅުން އެންމެ ފަހުން ނިމުމަކަށް އަންނާނީ ކޮން އިރަކުން ހެއްޔެވެ؟ މިކަމަށް އެމީހުން ޖަވާބުދާރީވާން ޖެހޭނެއެވެ." ކަންގަނާ ބުނެއެވެ.

ކުރިންވެސް ކަންގަނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ނަސީރުއްދީން ޝާހަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ހިންދީ ބަހުން އޭނާ ލިޔެފައިވާގޮތުގައި "ހަގީގަތަކީ އަހަރެމެން އެންމެންނަކީވެސް ކޮންމެވެސް ފަރާތަކަށް ވަފާތެރި ބައެކެވެ. ނަމަވެސް އަހަރެން ފަހުރުވެރިވަނީ އަހަރެން ކައިބޮއެ އުޅޭ ގައުމަށްޓަކައި މަސައްކަތް ކުރާތީއެވެ. އެކަމަކު ނަސީރުއްދީން ޝާހު މި ގައުމުން އާމްދަނީ ހޯދައިގެން މަސައްކަތް ކުރަނީ އަވަށްޓެރި ގައުމަށް (ޕާކިސްތާނަށް) އެހީތެރިވުމަށެވެ."

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކަންގަނާގެ މި ބަސްތައް އަމާޒުކޮށްފައިވަނީ "މޭން ވާޕަސް އާނގާ" ފިލްމަށެވެ. އެ ފިލްމުގައި ނަސީރުއްދީން ޝާހު ކުޅެފައިވަނީ  ގައުމު ބައިވުމާ ގުޅިގެން އަމިއްލަ ގެދޮރު ދޫކޮށް ދާން މަޖުބޫރުވި ޕާކިސްތާނުގެ ސަރުގޯދާއަށް ނިސްބަތްވާ މީހެއްގެ ރޯލެވެ.

މީގެ ކުރިން ނަސީރުއްދީން ޝާހު ވެސް ވަނީ ޖަންތަރު މަންތަރުގައި މުޒާހަރާކުރި ދަރިވަރުންނަށް ތާއީދުކޮށް ވާހަކަ ނުދައްކިޔަސް ބޮލީވުޑްގެ އެކްޓަރުންނަށް ފާޑުކިޔައިފައެވެ.

ކަންގަނާ އެކަމާހުޅިގެން ބުނެފައިވަނީ، "އެމީހުން ކަމަކާ ގުޅޭގޮތުން ވާހަކަދައްކާނީ އެމީހުންގެ ޒަމީރު އެކަމަށް އެދުމުންނެވެ. ބުނެއުޅޭ ބަހެއް އޮވެއެވެ؛ އަނގަޔަށް ކަށިގަނޑެއް ލައިގެން އޮންނަ ކުއްތާއަކަށް ވައްވަކެއް ނުޖެހޭނެއެވެ. އަނގައިން އެ ކަށިގަނޑު ވެއްޓުމުން ނުވަތަ ދަތްތައް ބިންދައިގެން ދިއުމުން، އެ ކުއްތާ އަޑުއުފުލަން ފަށާނެއެވެ."

]]>
Thu, 13 Aug 2026 11:34:13 +0500 ނިއުސް ޑެސްކް
6 މީހުންގެ ގްރޫޕަކުން 19 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި https://heerasnews.com/4508 https://heerasnews.com/4508 އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ޕަލްގަރް ޑިސްޓްރިކްޓްގައި ހިމެނޭ ތަލަސާރީ ސަރަހައްދުގައި، 19 އަހަރުގެ އަންހެން ކުއްޖަކަށް ހަ މީހުންގެ ގުރޫޕަކުން ޖިންސީ ގޯނާކޮށް ރޭޕްކުރި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިންގާފައިވަނީ އެ އަންހެން ކުއްޖާގެ ލޯބިވެރިޔާއަށް އަނިޔާކޮށް، ބިރުދައްކައި އެތަނުން ފޮނުވާލުމަށް ފަހުގައެވެ.

މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ބާކީ ތިބި ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، މި އަންހެން ކުއްޖާއާއި އޭނާގެ ލޯބިވެރިޔާ އޮގަސްޓް މަހުގެ 9 ވީ އާދީއްތަ ދުވަހު ގުޖުރާތުގެ އުމަރްގާއޯން އަށް ގޮސް އެނބުރި އަންނަނިކޮށް، ތަލަސާރީ ފުލުހުންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އާމްގާއޯން ސަރަހައްދުން އެމީހުން ދަތުރުކުރި ސައިކަލު ކަހާލައިގެން ވެއްޓުނީއެވެ.

އެ ވަގުތު އެކަހެރި އެ ސަރަހައްދުން އައި ސައިކަލެއްގައި ތިބި ތިން މީހަކު، މި ދެމީހުންނަށް ބިރުދައްކައި އިތުރު ތިން މީހަކަށް ގުޅައިގެން އެތަނަށް ގެނައެވެ. އެއަށްފަހު އެ ގުރޫޕުން ވަނީ އަންހެން ކުއްޖާގެ ލޯބުވެރިޔާއަށް ހަމަލާދީ، ބިރުދައްކައި އެ ސަރަހައްދުން ފޮނުވާލާފައެވެ.

އަންހެން ކުއްޖާ ތަލަސާރީގެ "ޑެގް ބަންގްލޯ" ކައިރީގައި އޮތް އެކަހެރި ތަނަކަށް ގެންގޮސް، އެ ހަ މީހުންވެގެން އެ ކުއްޖާ ރޭޕްކުރިއެވެ. މި ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކޮށްފައިވާ އެ އަންހެން ކުއްޖާ، ހޯމަ ދުވަހު ތަލަސާރީ ފުލުސް ސްޓޭޝަނަށް ގޮސް މައްސަލަ ހުށަހެޅިއެވެ. އަދި ބިރުދައްކާ ފޮނުވާލި އޭނާގެ ލޯބިވެރިޔާވެސް ފަހުން ފުލުސް އޮފީހަށް ހާޒިރުވެ ބަޔާން ދީފައިވެއެވެ.

ފުލުހުން މިހާރު ވަނީ ގްރޫޕް ރޭޕްގެ މައްސަލައެއް ރަޖިސްޓްރީކޮށް، މައްސަލައިގެ ތަހުގީގު ފަށާފައެވެ. އަންހެން މީހާ ދިން ބަޔާނަށް ރިއާޔަތްކޮށް، ފުރަތަމަ އެކަކު ހައްޔަރުކުރިއިރު، އަންގާރަ ދުވަހު އިތުރު ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަނިޔާ ލިބުނު އަންހެން މީހާގެ މެޑިކަލް ޓެސްޓުތައް ވަނީ ހަދާފައެވެ. އޭނާގެ ހާލަތު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ތަލަސާރީ ފުލުސް ސްޓޭޝަންގެ އިންސްޕެކްޓަރު އަޖޭ ގޯރާޑް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ބައިވެރިވި އިތުރު މީހުން ހޯދުމަށް މިހާރު ވަނީ ހާއްސަ ޓީމުތަކެއް އެކުލަވާލާފައެވެ.             

]]>
Thu, 13 Aug 2026 07:10:44 +0500 ނިއުސް ޑެސްކް
ޕްރެސް ސެކްރެޓަރީކަމުގައި ލީވިޓް ހުންނާނީ މި މަސް ނިމެންދެން https://heerasnews.com/4506 https://heerasnews.com/4506
  • ލީވިޓް ދެން މަސައްކަތް ކުރައްވާނީ ބޭރުގެ މުއާސަލާތީ މުޝީރެއްގެ ގޮތުގައާއި ޕާޓީގެ އިސް ހަރަކާތްތެރިއެއްގެ ގޮތުގައި
  • ލީވިޓް ބޭނުންވަނީ ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރަން
  • ލީވިޓް އަކީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީކަންކުރާ އެންމެ ޒުވާން ބޭފުޅާ
  • ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް، މި ހިނގާ މަހުގެ ނިޔަލަށް އެ މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އިއުލާނު ކުރައްވައިފިއެވެ. މިއީ ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިންތިހާބާ ގާތްވެފައި ވަނިކޮށް، ރައީސްގެ އެންމެ އިތުބާރު ހުރި އެއް މުޝީރަކު މަގާމުން ވަކިވެވަޑައިގަތުމެވެ.

    ލީވިޓް އޭނާ ދެން މަސައްކަތް ކުރައްވާނީ ބޭރުގެ މުއާސަލާތީ މުޝީރެއްގެ ގޮތުގައާއި، ޓްރަމްޕްގެ "މޭކް އެމެރިކާ ގްރޭޓް އެގެއިން" ހަރަކާތުގެ ކުރިމަގު ބައްޓަންކުރުމަށް ޕާޓީގެ އިސް ދައުރެއްގައި ކަމަށްވެއެވެ.

    އުމުރުން 28 އަހަރުގެ ލީވިޓް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ މަގްސަދަކީ އޭނާގެ ކުދިކުދި ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރުން ކަމަށެވެ. އޭނާއަށް ދެވަނަ ދަރިފުޅަކު ލިބިފައިވަނީ މިދިޔަ މެއި މަހުއެވެ. ލީވިޓް މަގާމުން ވަކިވާން ނިންމެވީ ވިހެއުމާ ގުޅިގެން ލިބުނު ޗުއްޓީ ނިންމަވާފައި އެނބުރި ވަޑައިގަތްތާ މާގިނަ ދުވަހެއް ނުވަނީހެވެ.

    ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެރޮލީންއަކީ ވައިޓް ހައުސްގައި ނަމޫނާ ލީޑަރެއް ކަމަށާއި، 2018 ވަނަ އަހަރުން ފެށިގެން، ހާއްސަކޮށް 2024 ވަނަ އަހަރުގެ ތާރީހީ އިންތިހާބީ ކެމްޕޭނުގައި އަދުލުވެރިކަމާއި މިނިވަންކަމަށްޓަކައި އޭނާ ކުރެއްވީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކަމަށެވެ. ލީވިޓްއަކީ އެ މަގާމުގެ ތާރީހުގައިވެސް ދުށް އެންމެ މޮޅު އެއް ޕްރެސް ސެކްރެޓަރީ ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ.

    ވައިޓް ހައުސްގައި އަދާކުރެއްވި މަސްއޫލިއްޔަތަކީ އޭނާގެ ހަޔާތުގައި ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ލީވިޓް ސިފަކުރެއްވިއެވެ.

    ވައިޓް ހައުސްގެ އެންމެ ޒުވާން ޕްރެސް ސެކްރެޓަރީ

    ޓްރަމްޕްގެ 2024 ވަނަ އަހަރުގެ ކެމްޕޭނާ ގުޅިވަޑައިގަތުމަށްފަހު، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ތަރުޖަމާނެއްގެ ގޮތުގައި ލީވިޓް މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ޓްރަމްޕް އޭނާ ޕްރެސް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވިއިރު، އޭނާއަކީ އެ މަގާމަށް އައްޔަންކުރެވުނު އެންމެ ހަގު ބޭފުޅާއެވެ.

    ޓްރަމްޕްގެ ކުރީގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ހެރިސަން ފީލްޑްސް ވިދާޅުވި ގޮތުގައި، ލީވިޓްއާ އަޅާކިޔޭނެ ފަދަ ބޭފުޅުން ވަރަށް މަދެވެ. އޭނާއަކީ ޓްރަމްޕްގެ ވިސްނުންފުޅު އެންމެ ފުރިހަމައަށް ދެނެގަނެ، މީޑިއާގެ ޑިމާންޑްތަކަށް ވަރަށް ހުށިޔާރުކަމާއެކު ޖަވާބުދާރީވި ބޭފުޅެކެވެ.

    ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި، ލީވިޓްއާއި ކޮމިއުނިކޭޝަންސް ޑިރެކްޓަރ ސްޓީވަން ޗިއުންގް ވަނީ ސަރުކާރުން މީޑިއާއަށް ދޭ ސަމާލުކަން ބަދަލުކޮށްލާފައެވެ. މި ބަދަލަށް ޓްރަމްޕްގެ ސަޕޯޓަރުން ތާއީދުކުރިއިރު، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

    ޓްރަމްޕްގެ ސަރުކާރުން ވަނީ ރައީސްއާ ސުވާލުކުރުމުގެ ފުރުސަތު ދޭނެ ނޫސްވެރިން އަމިއްލައަށް ހޮވަން ފަށާފައެވެ. މީގެ ސަބަބުން "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން" އިން ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓަމުން އައި އުސޫލުތަކަށް ވަނީ ބަދަލު އައިސްފައެވެ. އަދި "ނިއު މީޑިއާ" އަށް ހާއްސަ ފުރުސަތުތަކެއް ދީ، ޕޮޑްކާސްޓްތަކާއި ޑިޖިޓަލް މީޑިއާތަކަށް އިސްކަންދޭން ފެށިއެވެ. ބައެއް ފަރާތްތަކުން މިއީ މީޑިއާގެ ދާއިރާއަށް އަންނަ ބަދަލުތައް ބަލައިގަތުން ކަމަށް ބުނާއިރު، އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ ސަރުކާރަށް ތާއީދުކުރާ މީޑިއާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކުރާ ކަމެކެވެ.

    ލީވިޓް މަގާމުން ވަކިވެވަޑައިގަންނަވާއިރު، ވޮޝިންޓަން ޕޯސްޓުން ވަނީ މިދިޔަ ޖުލައި މަހު ތުރުކީގައި އޮތް ނޭޓޯ ސަމިޓަށްފަހު ރައީސް ޓްރަމްޕް ފުރާވަޑައިގަތުމުގައި ކަން ހިނގި ގޮތުގެ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށްޓަކައި، ރައީސް ވަނީ ވަރަށް ސިއްރުވެރި ގޮތަކަށް ކޭޓަރިންގ ޓްރަކެއްގައި އެހެން ބޯޓަކަށް ބަދަލުކުރެވިފައެވެ. ނަމަވެސް އަސްލު ބޯޓުގައި ތިބި ނޫސްވެރިންނާއި މުވައްޒަފުންނަށް މިކަން އެނގިފައެއް ނުވެއެވެ. މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުތަކާ މުޅިން ހިލާފު ކަމެކެވެ.

    ]]>
    Thu, 13 Aug 2026 05:03:15 +0500 ނިއުސް ޑެސްކް
    ޝަހުސު އޮޅުވާލައިގެން މީހުންނާ އިންނަ ދެބަފައިން ފަޅާއެރުން https://heerasnews.com/4505 https://heerasnews.com/4505 އުއްތަރު ޕްރަދޭޝްގައި އޮންނަ ސިތާޕޫރުގެ ސެވްތާ ދާއިރާގެ ސްޓޭޓް އެސެމްބްލީ ގޮނޑި 2017 އަދި 2022 ވަނަ އަހަރު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމަށްފަހު، ތިންވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ތައްޔާރުވަމުންދާ ބީޖޭޕީގެ މެންބަރު ގިޔާން ތިވާރީގެ ސިކުނޑީގައި މިހާރު އޮތީ ކުރިއަށް އޮތް އިންތިހާބަށްވުރެ މާ ނުރައްކާތެރި މައްސަލައެކެވެ.

    ސެވްތާ ދާއިރާގެ އެމްއެލްއޭ ތިވާރީ ވިދާޅުވި ގޮތުގައި އޭނާއަށް ކުރިން ގަބޫލުކުރެވުނީ ތުރިވޭދީ އާއިލާއަކީ އަބުރުވެރި، ވިޔަފާރިވެރި އާއިލާއެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އެމްއެލްއޭ ތިވާރީ ވަނީ އޭނާގެ ދަރިފުޅުގެ ބަފައިބެ އަނޫޖް ތުރިވޭދީއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. މައްސަލައިގައި ތުހުމަތުކޮށްފައިވަނީ ކައިވެނީގެ ކުރިން އޭނާގެ "ކުށުގެ" މާޒީ ސިއްރުކުރުމާއި، އެކި ފަހަރު މަތިން އަމިއްލަ ވަނަވަރު އޮޅުވާލައިގެން ގިނަ ކައިވެނިތަކެއް ކޮށްފައިވާ ކަމަށެވެ.

    މީގެ މަހެއްހާ ދުވަސް ކުރިން މަހާރާޝްތުރާ ފުލުހުން އަނޫޖް ތުރިވޭދީ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ އަނޫޖް ތުރިވޭދީގެ ދަރިފުޅު އަދި އެމްއެލްއޭ ތިވާރީގެ ދަނބިދަރި ޕްރަކަރްއާ ދެކޮޅަށް ވެސް މިފަދަ ތުހުމަތުތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. ސިތާޕޫރު ފުލުހުން ބުނާ ގޮތުގައި ޕްރަކަރް މިހާރު ވަނީ ފިލާފައެވެ.

    އެމްއެލްއޭ ތިވާރީ ވަނީ އަނޫޖް ތުރިވޭދީ އާއި ޕްރަކަރްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވާކަން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ. "އަދިވެސް އެމީހުންގެ އިތުރު އަނބިން ތިބުމަކީ އެކަށީގެންވާ ކަމެއް" ކަމަށް އެމްއެލްއޭ ތިވާރީ ވިދާޅުވިއެވެ.

    އެމްއެލްއޭ ތިވާރީގެ ދަރިފުޅު، ޑޮކްޓަރު ޕްރަގްޔާ އާއި 31 އަހަރުގެ ޕްރަކަރް ތްރިވޭދީ ކައިވެނީގެ ގޮށްޖެހީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ފުލުހަށް ހުށަހެޅި މައްސަލައިގައި އެމްއެލްއޭ ތިވާރީ ވިދާޅުވެފައިވަނީ ސިތާޕޫރުގައި ދިރިއުޅޭ އަނޫޖް ތުރިވެދީ ތައާރަފްވީ މުމްބާއީގައި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ޕްރަކަރްއަކީ ސްކޫލެއް ހިންގުމުގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތްތައް ބަލަހައްޓާ މީހެއް ކަމަށް ބުނެފައިވާ ކަމަށެވެ.

    ކައިވެނީގެ ކުރިން އެ އާއިލާއާ ބެހޭގޮތުން އަވަށުގެ އިސްވެރިންނާއި އާންމު ރައްޔިތުން ހިމެނޭހެން ގިނަ ބައެއްގެ ގާތުން މައުލޫމާތު ސާފުކުރެއްވި ކަމަށާއި، އެ އެންމެންވެސް އެއީ ތަނަވަސް، އަބުރުވެރި އަދި ނުފޫޒުގަދަ ބައެއްގެ ގޮތުގައި ސިފަކުރި ކަމަށް އެމްއެލްއޭ ތިވާރީ ވިދާޅުވެއެވެ. މަހާރާޝްތުރާ ފުލުހުން ސިތާޕޫރަށް އައިސް މި މައްސަލަ ތަހުގީގު ކުރަން ފެށުމާ ހަމައަށް، އެއްވެސް ކަމަކާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ތިވާރީ ވިދާޅުވިއެވެ.

    ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ޕްރަކަރްގެ ދެބަފައިން އޮޅުވާލައިގެން ކައިވެނިކޮށް، ފައިސާ އަތުލާފައިވާ ކަމަށް ބުނެ އެހެން ދެ އަންހެނަކު ވެސް ވަނީ ޝަކުވާ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައިގައި އަދި ރަސްމީކޮށް އެފް.އައި.އާރް އެއް ރަޖިސްޓްރީއެއް ނުކުރެއެވެ. ފުލުހުން ބުނާ ގޮތުގައި މީގެ އިތުރުން ވެސް ގިނަ ބަޔަކު މި މަކަރުވެރިންގެ ޝިކާރައަކަށް ވެފައިވުން އެކަށީގެންވެއެވެ.

    އެމްއެލްއޭ ތިވާރީ ވެސް ގަބޫލުކުރައްވަނީ އެހެންނެވެ. "މީގެ އިތުރުން ވެސް އެތައް ބަޔަކަށް މި އޮޅުވާލުންތަކުގެ އަސަރުކޮށްފައި ހުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ. ސިތާޕޫރުގެ އެޑިޝަނަލް ޑިސްޓްރިކްޓް މެޖިސްޓްރޭޓް އާޔޫޝް ޗައުދަރީ ވިދާޅުވީ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި ތިވާރީ މައްސަލަ ހުށަހެޅި ރައުސާ ޕޮލިސް ސްޓޭޝަނުގެ އެސް.އެޗް.އޯ ހަނޫމަންތު ލާލް ވިދާޅުވީ، އަނޫޖް ތުރިވޭދީގެ ބަޔާން ނެގުމަށް ފުލުހުންގެ ޓީމެއް މަހާރާޝްތުރާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

    ސިތާޕޫރު ފުލުހުން ބުނާ ގޮތުގައި، މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ތުރިވޭދީ އާއި ޕްރަކަރް އަމާޒުކުރަނީ އެހީތެރިކަމަށް ބޭނުންވެފައިވާ ނުވަތަ ނާޒުކު ހާލަތްތަކުގައި ތިބޭ އަންހެނުންނަށެވެ. އޭގެ ތެރޭގައި ވަރިވެފައިވާ އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނެއެވެ. ދޮގު ވަނަވަރު ބޭނުންކޮށްގެން އެމީހުންނާ ކައިވެނިކުރުމަށްފަހު، ބިރުދައްކައިގެންނާއި އޮޅުވާލައިގެން ފައިސާ އަތުލަނީއެވެ. ފައިސާއާއި އަގުބޮޑު ގަހަނާތައް ލިބުމުން، އެ ދެބަަފައިން ފިލަނީއެވެ.

    މުމްބާއީގެ މައްސަލައެއް

    މަހާރާޝްތުރާ ފުލުހުން އަނޫޖް ތުރިވޭދީ 2022 ވަނަ އަހަރުގެ މާރިޗު މަހު ތާނޭގެ ނަޔާ ނަގަރު ޕޮލިސް ސްޓޭޝަނުގައި ރަޖިސްޓްރީކުރި މައްސަލައެއްގައި ހައްރުކުރިއެވެ. އެ މައްސަލަ އަކީ 69 އަހަރުގެ ސަވިތާ ސުރޭޝް ބަންޑާރްކަރް ނަމަކަށް ކިޔާ އަންހެނަކު ހުށަހެޅި މައްސަލައެކެވެ. އޭނާ ބުނި ގޮތުގައި، ކުޑަ ނުކުޅެދުންތެރިކަމެއް ހުންނަ އޭނާގެ ދަރިފުޅު ޝާމްބަވީއާ ކައިވެނިކުރަން މީހަކު ހޯދަމުން ދަނިކޮށް، އަނޫޖް ތުރިވޭދީ އޭނާއާ ގުޅުނީ "އަޖޭ އަގަރްވާލް" ގެ ނަމުގައެވެ.

    ޝަމްބަވީ ދަރިފުޅާއި އަޖޭ އަގަރުވާޅް ( އަނޫޛް ތުރިވޭދީ)ގެ ކައިވެނި ކުރެވުނީ 2019 ވަނަ އަހަރުގެ މާރިޗު މަހުއެވެ. ކައިވެނީގައި ފިރިހެން މީހާގެ ފަރާތުން ބައިވެރިވީ "އަރިވަލް" ނަމަކަށް ކިޔާ މީހަކު އެކަންޏެވެ. "އަގަރްވާލް" ބުނި ގޮތުގައި އެއީ އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮއެކެވެ. "އަގަރްވާލް" މުމްބާއީގައި މަޑުކުރީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. އޭނާ ބުނާ ގޮތުގައި ކޮލްކަތާގައި ހުންނަ އޭނާގެ ދެ ގެއެއްގެ މަސައްކަތް ބަލަހައްޓަން ޖެހެއެވެ.

    ބަންޑާރްކަރް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ފައިސާގެ ދަތިކަން ކުރިމަތިވެއްޖެ ކަމަށް ބުނެ، އެ އާއިލާގެ ފްލެޓް ވިއްކާލުމަށްފަހު ފައިސާ ދިނުމަށް އޭނާ އެދުނު ކަމަށެވެ. އޭގެ ބަދަލުގައި ލަކްނޫއިން ފްލެޓެއް ދޭނެ ކަމަށް ވައުދުވިއެވެ.

    ބަންޑާރްކަރްގެ އާއިލާއިން ގާތްގަނޑަކަށް 82 ލައްކަ ރުޕީސް ނަގުދު ފައިސާއިން އޭނާއަށް ދިނެވެ. އަދި އޭގެ ފަހުން ޝާމްބަވީގެ ގަހަނާތައް ވެސް އޭނާ އަތުލިއެވެ. 2022 ފެބްރުއަރީ 26 ގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވެ ފިލީއެވެ.

    އެމްއެލްއޭ ތިވާރީ، އޭނާގެ ދަރިފުޅުގެ ކައިވެނީގެ ހަފުލާއަށް 15000 އެއްހާ މީހުންނަށް ދައުވަތު ދީގެން ވަރަށް ކުލަގަދަކޮށް އެކަން ފާހަގަކުރެއްވިއިރު، މިއަދު އޭނާ ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. "ކޮންމެ ފަދަ އަގަކުން ނަމަވެސް އަނޫޖް ތުރިވޭދީ ފަދަ މީހަކު މިނިވަންވެގެން ނުވާނެ. އޭނާގެ ދަރިފުޅުވެސް މިކަމުގައި ބައިވެރިވާނަމަ، އޭނާއާ މެދު ވެސް ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ،" އެމްއެލްއޭ ވިދާޅުވިއެވެ.              

    ]]>
    Wed, 12 Aug 2026 16:45:36 +0500 ނިއުސް ޑެސްކް
    މަކަރާހިލަތުގެ ކައިވެނި މަޅިއެއްގައި ބެދޭ ފިރިހެނުން ގިނަވެއްޖެ https://heerasnews.com/4503 https://heerasnews.com/4503 "ފްލޭޝް މެރިޖް" ގެ ނަމުގައި ހިންގާ ކައިވެނީގެ މަކަރާއި ހީލަތުގެ މަޅީގައި ގިނަ އަދަދެއްގެ ޗައިނާ ފިރިހެނުން ދަނީ ޖެހެމުންނެވެ. ޗައިނާގައި ފަހަކަށް އައިސް އިތުރުވަމުންދާ "ފްލޭޝް މެރިޖް" ނުވަތަ އަވަސް ކައިވެނިތައް ކޮށްދޭ އެޖެންސީތަކުގެ މަކަރުވެރި ރޭވުންތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ފިރިހެނުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

    މިފަދަ ހާދިސާއެއްގެ ޝިކާރައަކަށްވި އުމުރުން 37 އަހަރުގެ ވަންގް ޖުއާންގް ކިޔައިދިން ގޮތުގައި، ގުޔަންގްގައި ހުންނަ މެޗްމޭކިންގް އެޖެންސީއެއް މެދުވެރިކޮށް އޭނާ ކުރި ކައިވެންޏަށް ގާތްގަނޑަކަށް 400،000 އާއި 500،000 އާ ދެމެދުގެ ޔުއާން ހަރަދުވިއެވެ. ނަމަވެސް، ކައިވެންޏަށްފަހު އޭނާއަށް އެނގުނު ގޮތުގައި އެ އަންހެން މީހާ ވަނީ އޭނާގެ މާޒީގެ ގިނަ މައުލޫމާތުތަކެއް ސިއްރުކޮށްފައެވެ. އޭނާއަކީ ބޮޑެތި ދަރަނިތަކެއް އޮތް މީހެއްކަންވެސް ފަހުން ވަނީ ހާމަވެފައެވެ. ވަންގް އެހީތެރިކަމަށް އެދި އެޖެންސީއަށް ދިޔައިރު، އެ ތަން ވަނީ ބަންދުކޮށް، އެތަނުގެ މީހުން ފިލާފައެވެ.

    ޗައިނާގެ އާބާދީގައި އަންހެނުންނަށްވުރެ ފިރިހެނުން އިތުރުވުމުގެ ސަބަބުން، ކައިވެނިކުރާނެ ބައިވެރިން ހޯދުމަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޗައިނާގައި އަންހެނުންނަށްވުރެ ފިރިހެނުންގެ އަދަދު ގާތްގަނޑަކަށް 30 މިލިއަން އިތުރެވެ. މިކަމުގެ ނާޖާއިޒު ފައިދާ ނަގައި، އަވަސް ކައިވެނިތައް ކޮށްދޭނެ ކަމަށް ބުނާ އެޖެންސީތަކުން ދަނީ އާންމުންނަށް އޮޅުވާލަމުންނެވެ.

    މައްސަލަ ބޮޑުވުމާ ގުޅިގެން ޗައިނާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން 2024 ޖެނުއަރީން ފެށިގެން 2025 މާރިޗްގެ ނިޔަލަށް، ކައިވެނީގެ ވިޔަފާރީގެ ތެރޭގައި ހިންގާފައިވާ އެކި ކުށްތަކާ ގުޅިގެން 1546 މީހުންގެ މައްސަލަ ޕްރޮސެކިއުޓަރުން ވަނީ ބަލާފައެވެ. އަދި ސަރުކާރުގެ ފަސް އިދާރާއަކުން ގުޅިގެން މިފަދަ މަކަރުވެރި އެޖެންސީތައް ހޯދުމަށް މުޅި ގައުމުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

    ޤާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، މިފަދަ މައްސަލަތަކުގައި ދައުވާ ސާބިތުކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ، އެކަން އެމީހުން ކުރީ ކުރީއްސުރެ ރާވައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ނިޔަތުގައިކަން ކައިވެނިކުރި މީހާ ސާބިތުކޮށްދޭން ޖެހޭތީއެވެ.

    ވަންގް ފަދަ މިކަމުގެ ޝިކާރައަކަށްވި ފަރާތްތަކުން މިހާރު ދަނީ، އަވަސް ކައިވެނިތައް ކޮށްދޭނެ ކަމަށް ބުނެ އިޝްތިހާރުކުރާ އެޖެންސީތަކަށް ސަމާލުވުމަށް އެހެން މީހުންނަށް އިންޒާރު ދެމުންނެވެ.

    ]]>
    Wed, 12 Aug 2026 09:26:25 +0500 ނާއިރާ
    ބަފަޔަކު އޭނާގެ ދެ އަންހެން ދަރިން މަރާލައިފި https://heerasnews.com/4499 https://heerasnews.com/4499 އިންޑިއާގެ ބެންގަލޫރުގެ ފަސްތަރީގެ ހޮޓަލެއްގެ ކޮޓަރިއެއްގައި، ހޯމަ ދުވަހު އުމުރުން 5 އަހަރާއި 10 އަހަރުގެ ދެ އަންހެން ދަރިން މަރާލާފައިވާ ކަމަށް ތުހުމަތުކުރެވެނީ އެ ކުދިންގެ ބައްޕައަށެވެ. ފުލުހުން އެ ކޮޓަރިއަށް ދިޔައިރު އެ މީހާ ދިރިއޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

    ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ ބެންގަލޫރުގެ ނޯތު ނަގަވާރު މެއިން ރޯޑަށް ނިސްބަތްވާ، އުމުރުން 40 އަހަރުގެ އެސް.ޖީ އިމްރާން އަށެވެ.

    ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހޮޓަލުގެ ސެކިއުރިޓީ މެނޭޖަރުގެ ފަރާތުންނެވެ. ފުލުހުން އެ ކޮޓަރިއަށް ވަންއިރު އިމްރާން އޮތީ ބިމަށް ވެއްޓިފައެވެ. އެއާއެކު އޭނާ ވަނީ ފަރުވާއަށްޓަކައި ވަގުތުން މަނީޕާލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

    ފުލުހުންނަށް ފެނިފައިވާ ނޯޓަކާ ހަވާލާދީ ބުނެފައިވަނީ، އިމްރާނާއި އޭނާގެ އަންހެނުންނާ ދެމެދު ކައިވެނީގެ މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި، އަންހެނުން އޭނާއަށް ވަފާތެރިނުވާ ކަމަށް އިމްރާން ތުހުމަތުކޮށްފައިވާ ކަމަށެވެ.

    ކެބް ސަރވިސް ކުންފުންޏެއްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ އިމްރާން، އޭނާގެ ދެ ދަރިންނާއެކު އެ ހޮޓަލަށް ވަދެފައިވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސި 7 ޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ހޯމަ ދުވަހުގެ މެންދުރު 12 ޖަހާއިރު އެމީހުން ހޮޓަލުން ނުކުންނަން ޖެހެއެވެ.

    ނަމަވެސް، ކަނޑައެޅިފައިވާ ގަޑިއަށް ހޮޓަލުން ނުނިކުތުމުން، އެ ދުވަހުގެ ހަވީރު 4:30 ހާއިރު ހޮޓަލުގެ މުވައްޒަފުން އެ ކޮޓަރި ބަލަން ދިޔައެވެ. ކޮޓަރިން އެއްވެސް ޖަވާބެއް ނުލިބުމުން " މާސްޓަރ ކީ" ބޭނުންކޮށްގެން ކޮޓަރި ހުޅުވިއިރު، ދެ ކުދިން މަރުވެފައި ތިއްބާ ފެނުނުއިރު، އިމްރާން އޮތީ ހަބަރު ހުސްވެފައެވެ.

    ]]>
    Tue, 11 Aug 2026 02:58:53 +0500 ނިއުސް ޑެސްކް
    ކިޔަވާކުދީން ބެރިކޭޑްތައް ގިރާކުރުމުން ފެންބަޑި ޖަހައިފި https://heerasnews.com/4498 https://heerasnews.com/4498 ޖާރްކަންޑްގެ ކިޔަވާކުދިން ކުރަމުންދާ އިހުތިޖާޖު: ހޯމަ ދުވަހުގެ ހެނދުނު އިހުތިޖާޖުގެ ބައިވެރިން ސްޓޭޓް އެސްލެމްބްލީއާ ދިމާލަށް ކުރިއަށް ދިޔަ މަގުމަތީގައި ޖަހާފައިވާ ކައްޓިނަރުގެ ފެންސްތަކާއި ސަލާމަތީ ހުރަސްތައް ގިރާކުރުމާ ގުޅިގެން، އެ މީހުން ހުއްޓުވުމަށް ފުލުހުން ފެންބަޑި ޖަހާފިއެވެ.

    ކިޔާވާކުދިންކުރާ މި އިހުތިޖާޖަކީ ޖޭ.ޕީ.އެސް.ސީ އާއި ޖޭ.އެސް.އެސް.ސީ އިމްތިހާނުތަކުގައި ހިނގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި އުސޫލުން ބޭރު ކަންތައްތަކާ ދެކޮޅަށް ކުރިއަށްދާ ހަރަކާތެކެވެ. މި ހަރަކާތުގައި އިސްކޮށް އުޅޭ ދޭވެންދުރަ ނާތު މަހާޓޯ، ހުރީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައެވެ. ނުވަ ދުވަސް ވަންދެން ކެއުމުން މަހުރޫމްވެ ހުރުމުގެ ސަބަބުން 10.5 ކިލޯ ބަރުދަން ލުއިވެ ވަރަށް ބޮޑަށް ބަލިވެފައި ހުއްޓާވެސް އެމްބިއުލާންސެއްގައި އައިސް އިހުތިޖާޖުގެ ބައިވެރިންނާ ވަނީ ގުޅިފައެވެ. 

    ވަޒީފާގެ ފުރުސަތުތަކަށް އެދި ތިބި އެތައް ހާސް ކުދިންނެއް، އިމްތިހާނުތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، މިއަދު ހެނދުނު ވަނީ ސްޓޭޓް އެސެމްބްލީއާ ދިމާލަށް ހިނގާލުމެއް ފަށާފައެވެ. ގިނަ ބަޔަކު ވިދާން ސަބާއާ ހަމައަށް ފޯރާފައިވާއިރު، މިއީ މި އިހުތިޖާޖަށް 17 ދުވަސް ފުރުނު ދުވަހެވެ. ބައިވެރިން ދަނީ ގައުމީ ދިދައާއި އެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުއުފުލަމުންނެވެ.

    މީގެ އިތުރުން، މި މައްސަލައިގައި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށްޓަކައި ޗީފް މިނިސްޓަރު ހެމަންތު ސޮރެންގެ ގެކޮޅު ކުރިމަތީގައި އިށީނދެވަޑައިގެން ތިއްބެވި ކުރީގެ ޗީފް މިނިސްޓަރު ބާބޫލާލް މަރަންޑީ އާއި އަދިތްޔާ ސާހޫ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ ބޭފުޅުން ގޮވާލައްވަމުން ގެންދެވީ އިމްތިހާނުތަކުގެ މައްސަލަ ސީ.ބީ.އައި މެދުވެރިކޮށް ތަހުގީގު ކުރުމަށެވެ.

    މި ހިނގާލުން ބޭއްވެނީ، 14 ވަނަ ޖޭ.ޕީ.އެސް.ސީ ކޮމްބައިންޑް ސިިވިލް ސާވިސަސްގެ ޕްރިލިިމިނަރީ އިމްތިހާނު ހިމެނޭހެން ތިން އިމްތިހާނެއް ބާތިލުކުރުމަށް ސަރުކާރުން އެއްބަސްވިތާ އެއްދުވަސް ފަހުންނެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ޖޭ.ޕީ.އެސް.ސީގެ ތިން މެންބަރަކުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ކިޔަވާކުދިންގެ ފަރާތުން ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުގައި މިނިސްޓަރުން ކަމަށްވާ ދީޕިކާ ޕާންޑޭ ސިންގް، ސަންޖޭ ޕްރަސާދު ޔާދަވް އަދި ޗަމްރާ ލިންޑާ ބައިވެރިވެވަޑައިގެންނެވިއެވެ.

    ދަރިވަރުންގެ ލީޑަރު ރަވިންދުރަ ޕަސްވާން ބުނި ގޮތުގައި، މި ހިނގާލުމަކީ ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާ ހަރަކާތެކެވެ. އޭނާ ވަނީ އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދިނުމަށާއި، ފުލުހުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިފައެވެ.

    މި ހަރަކާތާ ގުޅިގެން ރާންޗީގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެސްލެމްބީ ހިމެނޭ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް، ގިނަ އަދަދެއްގެ ފުލުހުންނާއި ހަމަނުޖެހުން ކޮންޓްރޯލްކުރާ ވެހިކަލްތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

    ސަރުކާރުން ބުނާ ގޮތުގައި ދަރިވަރުންގެ ހުށަހެޅުންތަކުގެ 98 އިންސައްތަ މިހާރު ވަނީ ގަބޫލުކޮށްފައެވެ. ނަމަވެސް، އިހުތިޖާޖުގެ ބައިވެރިން ބުނަނީ އެ މީހުންގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަވަންދެން ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. 

    އިހުތިޖާޖުގެ ތެރޭގައި ފުލުހުން ފެންބަޑި ޖަހަން ފެށުމުން، ބައެއް ބައިވެރިން އެ ފެނުން ފެންވަރައި، އެކަމަށް ފަރުވާލެއް ނެތްކަން ދައްކުވައިދީފައިވާ މަންޒަރުތައް ވެސް ވަނީ ފެނިފައެވެ. މިއީ ޒުވާނުންގެ ވަޒީފާގެ މުސްތަގުބަލާ ގުޅިފައިވާ، ގިނަ ދުވަސްތަކެއް ވަންދެން ހިތްހަމަނުޖެހުން އުފެދިފައިވާ މައްސަލައެއްކަން ފާހަގަކުރެވެއެވެ.   

    ]]>
    Mon, 10 Aug 2026 13:37:17 +0500 ނިއުސް ޑެސްކް
    މުވައްޒަފަކު ރޭޕްކޮށްގެން ނޫސްވެރިއަކު 10 އަހަރަށް ޖަލަށް https://heerasnews.com/4495 https://heerasnews.com/4495 އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ތަރުން ތޭޖްޕާލް، އޭނާގެ ދަށުން މަސައްކަތްކުރި މުވައްޒަފަކު ރޭޕްކުރިކަން ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

    އިންޑިއާގެ ތަހުގީގީ މަޖައްލާއެއް ކަމަށްވާ "ތެހެލްކާ" މެގަޒިންގެ ކުރީގެ އެޑިޓަރު ތަރުން ތޭޖްޕާލްގެ މައްޗަށް މީގެ ކުރިން 2021 ވަނަ އަހަރު ދަށު ކޯޓުން ކުރި ބަރީއަވުމުގެ ހުކުމް ބާތިލުކޮށް، އޭނާ 10 އަހަރަށް ޖަލަށްލުމަށް ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ. މިއީ މުޅި އިންޑިއާގެ ސަމާލުކަން ހުއްޓުނު ބޮޑު މައްސަލައެކެވެ.

    އުމުރުން 63 އަހަރުގެ ތޭޖްޕާލްގެ މައްޗަށް ތުހުމަތު ކުރެވުނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގޯއާގައި ބޭއްވި ހަރަކާތެއްގެ ތެރެއިން، ފަސްތަރީގެ ހޮޓަލެއްގެ ލިފްޓް ތެރޭގައި އޭނާގެ ދަށުން މަސައްކަތްކުރި އަންހެން ނޫސްވެރިޔަކު ރޭޕްކުރި ކަމަށެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ހަތް މަސް ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު، ސުޕްރީމް ކޯޓުން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލިއެވެ.

    2021 ވަނަ އަހަރު ގޯއާގެ ކޯޓަކުން ނިންމީ ރޭޕްކުރުމާއި، ޖިންސީ ގޯނާކުރުމާއި، ނުހައްގުން މީހަކު ހިފެހެއްޓުމުގެ ދައުވާތަކުން ތޭޖްޕާލް ބަރީއަވެފައިވާ ކަމަށެވެ. ނަމަވެސް، ގޯއާ ސަރުކާރުން މި ނިންމުން ބޮމްބޭ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، މިދިޔަ ބުރާސްފަތި ދުވަހު އޭނާ 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

    މި މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރު ސުނީތާ ސާވަންތު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، ތޭޖްޕާލްގެ މައްޗަށް 10 އަހަރުގެ ބުރަ މަސައްކަތާއެކު ޖަލަށްލުމުގެ ހުކުމެއް އިއްވާފައިވާ ކަމަށާއި، އަމިއްލައަށް ފުލުހުންނާ ހަވާލުވުމަށް ދެ ހަފުތާގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މީގެ އިތުރުން 3900 ޕައުންޑުން އޭނާ ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

    ނަމަވެސް ތޭޖްޕާލް ބުނަމުންދަނީ މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އޭނާ ކުރިން ބުނެފައިވަނީ އެ ހާދިސާއަކީ "ވިސްނުމުގެ ކުށަކުން" ހިނގި ކަމެއް ކަމަށެވެ. އެކަމަކު ފަހުން އޭނާ ވަނީ މިއީ ގޯއާގެ ބީޖޭޕީ ސަރުކާރުން އޭނާއާ ދެކޮޅަށް ހިންގާ ސިޔާސީ ބަދަލުހިފުމެއް ކަމަށް ތުހުމަތުކޮށްފައެވެ.

    މި މައްސަލަ ފެންމަތިވީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިއްލީގެ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕްކޮށް މަރާލި ހާދިސާއާ ގުޅިގެން، އިންޑިއާގައި ޖިންސީ ގޯނާގެ މައްސަލަތަކަށް ދޭ ސަމާލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި ބޮޑެތި މުޒާހަރާތަކެއްކޮށް، ސަރުކާރުން ވަނީ ރޭޕްގެ ގާނޫނުތައް ވަރުގަދަކޮށްފައެވެ.

    ތޭޖްޕާލްގެ މި މައްސަލައިގެ ސަބަބުން، މީގެ ކުރިން އަންހެނުންގެ ހައްގުތަކަށާއި އިޖުތިމާއީ އިންސާފަށް ވަކާލާތު ކުރަމުން އައި "ތެހެލްކާ" މަޖައްލާގެ އިތުބާރާއި ގަދަރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. މިހާރު އެ މަޖައްލާ އާ މެނޭޖްމަންޓެއްގެ ދަށުން ހިންގަމުން ދިޔަ ނަމަވެސް، 2013 ގެ ކުރިން އޮތް ބާރާއި ނުފޫޒު މިހާރު ވަނީ ގެއްލިފައެވެ.

    ]]>
    Mon, 10 Aug 2026 08:36:26 +0500 ނިއުސް ޑެސްކް
    މަގޭ މީހަކަށް ނުވާނަމަ، ކަލޭގެ މީހަކަށް ވިޔަކަ ނުދޭނަން https://heerasnews.com/4493 https://heerasnews.com/4493 އިންޑިއާގެ ފަރީދާބާދުގެ ސިކްރޯނާގައި ހުންނަ ސަރަސްވަތީ ސީނިއާ ސެކަންޑަރީ ސުކޫލުގެ މުދައްރިސެއް ކަމަށްވާ ސަންދިޔާ ކަރްހާޖާގެ ހަނދާން އައުކުރުމަށްޓަކައި، މިދިޔަ ބުދަ ދުވަހު އެ ސުކޫލުގައި ހާއްސަ ދީނީ ރަސްމިއްޔާތެއް ބޭއްވިއެވެ. ސަންދިޔާއަކީ ކިޔަވައިދިނުމަށް ނުހަނު ލޯބިކުރި، ދަރިވަރުންގެ މެދުގައި މަގުބޫލު މުދައްރިސެކެވެ. ސުކޫލުގެ އާދައިގެ ދުވަހެއް ބިރުވެރިކަމަކަށް ބަދަލުވެގެންދިޔަ އެ ތަނުން މިހާރު ފެންނަން ހުރީ ހިކިފައިވާ ލޭގެ ނިޝާންތަކެވެ.

    މާސްކެއް އަޅައިގެން ހުރި 21 އަހަރުގެ ޒުވާނަކު، ރޯމާ ދުވާލު ސުކޫލަށް ވަދެ، ސަންދިޔާ ކުލާސްރޫމުން ބޭރަށް ދަމާނެރުނެވެ. އަދި މަދުވެގެން 20 ފަހަރު ވަޅިޖަހައި އޭނާ މަރާލި ހާދިސާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެ ސުކޫލުގެ ދޮރުތައް ހުރީ ބަންދުކޮށްފައެވެ.

    ހަރިޔާނާގެ ފަރީދާބާދަށް އުފަން ސަންދިޔާއަކީ ވިކާސް ކަރްހާޖާ "ވިކީ" އާ ލޯބީގެ ގޮތުން ގުޅިގެން މީގެ ހަތް އަހަރު ކުރިން ކައިވެނިކޮށްގެން އުޅުނު އުފާވެރި އަނތްބެކެވެ. އޭނާ ސަރަސްވަތީ ސުކޫލާ ގުޅުމުގެ ކުރިން އެ ސަރަހައްދުގެ އެކި އަމިއްލަ ސުކޫލުތަކުގައި ކިޔަވައިދީފައިވެއެވެ. މިދިޔަ ހޯމަ ދުވަހުގެ ހެނދުނަކީ އުމުރުން 30 އަހަރުގެ ސަންދިޔާ އެންމެ ފަހުން ކިޔަވައިދިން ވަގުތެވެ.

    ހެނދުނު 9:40 ހާއިރު ކޮޓް އަވަށުގެ އަމިތު ނަމަކަށް ކިޔާ ޒުވާނަކު ސުކޫލަށް ވަދެ، ސަންދިޔާ މަރާލުމަށްފަހު ސައިކަލެއްގައި ފިލިއެވެ. ނަމަވެސް، ހާދިސާ ހިނގިތާ ދެ ގަޑިއިރު ތެރޭގައި ފުލުހުން އޭނާ ހައްޔަރުކުރިއެވެ. ސަންދިޔާގެ އާއިލާއިން ބުނާ ގޮތުގައި، އަމިތަކީ މީގެ ކުރިން ސަންދިޔާ ކިޔަވައިދިން ސުކޫލެއްގެ ދަރިވަރެކެވެ. އަމިތު ސަންދިޔާއާ ގާތްވާން ކުރި މަސައްކަތްތަކަށް ސަންދިޔާ އިންކާރުކޮށް، އޭނާއާ ވާހަކަދެއްކުން ހުއްޓާލިއެވެ.

    "މީގެ ނުވަ މަސް ކުރިން، ސަންދިޔާ އޭނާއާ ވާހަކަދެއްކުން ހުއްޓާލުމުން އޭނާ ފަހަތުން އަޅުވާލަން ފެށި. ފުލުހަށް މައްސަލަވެސް ހުށަހެޅިން. އެކަމަކު އޭނާގެ އާއިލާގެ މީހުން އައިސް އާދޭސްކޮށް، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދުނު. އެމީހުން އެ ކުއްޖާ އިސްލާހުކުރާނެ ކަމަށް ބުނުމުން އެކަން ދޫކޮށްލީ،" ކަމަށް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ސަންދިޔާގެ ފިރިމީހާ ވިކާސް ބުންޏެވެ.

    ނަމަވެސް އެކަން އެހިސާބުން ނިމުމަކަށް ނައެވެ. ތިން މަސް ފަހުން އަލުން އުނދަގޫ ކުރަން ފެށުމުން ވިކާސް އަމިތުގެ ގެއަށް ގޮސް އާއިލާއާ ވާހަކަ ދެއްކިއެވެ. އެ ފަހަރުވެސް އާއިލާއިން ބުނީ ހަމަ އެކައްޗެކެވެ. ސަންދިޔާގެ ތިމާގެ މީހެއް ކަމަށްވާ ޕަވަން ކުމާރު ބުނި ގޮތުގައި، މީގެ މަހެއް ކުރިން އަމިތު ވަނީ ވިކާސް މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. "އޭނާ ބުނި، 'އޭނާ (ސަންދިޔާ) މަގޭ މީހަކަށް ނުވާނަމަ، ކަލޭގެ މީހަކަށް ވިޔަކަވެސް ނުދޭނަމޭ'. އަމިތުގެ ބޭބެ ރަވީއަށް މި ހުރިހާ ކަމެއް އެނގޭ އިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާ. މިއީ ރޭވިގެން ހިންގާފައިވާ ކަމެއް،" އޭނާ ބުންޏެވެ.

    ސުކޫލުގެ ސަލާމަތީ ކަންކަމާ މެދުވެސް އާއިލާއިން ވަނީ ސުވާލު އުފައްދާފައެވެ. މާސްކެއް އަޅައިގެން ހުރި މީހަކު، އެއީ ސަންދިޔާގެ ފިރިމީހާ ކަމަށް ބުނުމުން އެއްވެސް ހުރަހެއް ނެތި އެތެރެއަށް ވައްދާފައިވާތީ އެކަމާ އާއިލާއިން ކަންބޮޑުވުން ފާޅުކުރިއެވެ.

    ސަންދިޔާގެ މަރާއެކު އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅާއި ތިން އަހަރުގެ އަންހެން ދަރިފުޅު މަންމަ ކޮބައިތޯ ކެނޑިނޭޅި ސުވާލު ކުރަމުންދެއެވެ. ސަންދިޔާގެ މަންމަ ސުދާ ދޭވީ ކަރުނަ އަޅަމުން ބުނީ، "މިއަދު މި ގެއަކީ ކަށްވަޅެއް ފަދަ ތަނަކަށް ވެއްޖެ" ކަމަށެވެ.

    ސުކޫލުގެ ވެރިޔާ ޑރ. ތޭޖްޕާލް ޝަރުމާ ވިދާޅުވީ ސަންދިޔާއަކީ ހުރިހާ ކުދިންގެ ލޯބި ލިބިފައިވާ މުދައްރިސެއް ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާ ސަންދިޔާ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް، ހަމަލާދިން މީހާ އޭނާއަށްވެސް އިންޒާރުދީ ބިރުދެއްކި ކަމަށް ވިދާޅުވިއެވެ. ސުކޫލުގެ ފަރާތުން ސަންދިޔާގެ ދެ ދަރިންގެ ތައުލީމީ ހަރަދު ބަލަހައްޓާނެ ކަމަށް ބުނި ނަމަވެސް، އާއިލާއިން އެކަން ގަބޫލެއް ނުކުރެއެވެ. އާއިލާއިން އެދެނީ އެ މީހާއަށް މަރުގެ އަދަބު ދިނުމަށެވެ.

    ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހައްޔަރުކުރެވުނު އަމިތު ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ.

    ]]>
    Sun, 09 Aug 2026 15:08:26 +0500 ނިއުސް ޑެސްކް
    ފުލުހުންނާއެކު މަސައްކަތްކުރާ ބަޔަކު އަންހެނަކު ވަގަށްނަގާ ރޭޕްކޮށްފި https://heerasnews.com/4492 https://heerasnews.com/4492 އިންޑިއާގެ ވެސްޓް ބެންގޯލްގެ ޖަލްޕައިގުރީ ޑިސްޓްރިކްޓްގެ ދޫޕްގުރީ ފުލުސް ސްޓޭޝަނުގައި މަސައްކަތްކުރާ ތިން ސިވިކް ވޮލަންޓިއަރަކު ވެގެން، އަންހެނަކު ވަގަށް ނަގައި ތިން ދުވަސް ވަންދެން ތަކުރާރުކޮށް ރޭޕްކުރި ކަމުގެ ތުހުމަތު ފެންމަތިވެއްޖެއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފިލައިގެން އުޅޭ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

    ހައްޔަރުކޮށްފައިވަނީ ދޫޕްގުރީގެ ބޭމްތިއާ ސަރަހައްދަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ބުލްބުލް އާލަމް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ދޫޕްގުރީ ފުލުސް ސްޓޭޝަނުގައި މަސައްކަތްކުރާ ސިވިކް ވޮލަންޓިއަރެކެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ އަނެއް ދެ މީހުންނަކީވެސް ހަމަ އެ ސްޓޭޝަނުގައި މަސައްކަތްކުރާ ބައެކެވެ.

    މެކްލިގަންޖް ފުލުސް ސްޓޭޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން، ޖަލްޕައިގުރީ އަދި ކޫޗް ބެހާރް ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. މި އޮޕަރޭޝަނުގައި އާލަމް ހައްޔަރުކޮށް، ސުވާލުކުރުމަށްޓަކައި ކޫޗް ބެހާރް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

    ޖަލްޕައިގުރީގެ އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސޯތަމް ބެނަޖީ ވިދާޅުވި ގޮތުގައި، ޒުވާން އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އެކަކު ވަނީ ހައްޔަރުކުރެވިފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ހާދިސާ ހިނގި ސަރަހައްދުގެ ގޮތުން މައްސަލަ ތަހުގީގު ކުރަމުންދަނީ މެކްލިގަންޖް ފުލުސް ސްޓޭޝަނުން ކަމަށާއި، ޖަލްޕައިގުރީ ފުލުހުން އެހީތެރިކަން ފޯރުކޮށްދެނީ އެ ފަރާތުން އެދުމާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ފުލުހުންގެ މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، މިދިޔަ ހަފުތާގައި މި ތިން މީހުންވެގެން އެ އަންހެން މީހާ ވަގަށް ނަގައިގެން ދޫޕްގުރީއަށް ގެންގޮސް، ކުއްޔަށް ހިފާފައިވާ ގެއެއްގައި ބަންދުކުރިއެވެ. އަދި އެތަނުގައި ތިން ދުވަސް ވަންދެން އޭނާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވެއެވެ. މި މައްސަލައިގެ ތަހުގީގު ފެށީ އަނިޔާ ލިބުނު އަންހެން މީހާ މެކްލިގަންޖް ފުލުސް ސްޓޭޝަނަށް ލިޔުމުން މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. ތަހުގީގުން އެނގުނު ގޮތުގައި މި ތިން މީހުންނަކީވެސް ފުލުހުންނާއެކު އާދައިގެ ހެދުމުގައި ޑިއުޓީ އަދާކުރާ ސިވިކް ވޮލަންޓިއަރުންނެވެ.

    ފުލުހުން ބުނާ ގޮތުގައި މި މީހުންނަކީ މީގެ ކުރިންވެސް މިފަދަ ކުށްތައް ތަކުރާރުކޮށް ކުރަމުންދިޔަ ބައެކެވެ. އަދި މީގެ ކުރިންވެސް ބައެއް މީހުންނަށް މިފަދަ އަނިޔާތައް ދީފައިވާ ކަމަށް ބެލެވޭ އިރު، އެ މީހުންނަކީ ފުލުސް ސްޓޭޝަނުގައި މަސައްކަތްކުރާ ބައެއް ކަމަށްވާތީ ބިރުން އެއްވެސް މީހަކު މައްސަލަ ހުށަނާޅައި ތިބީއެވެ. މިހާރު މި ހުށަހެޅުނު މައްސަލައާ ގުޅިގެން، ކުށްވެރިންނަށް ހަރުކަށި އަދަބު ދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.

    މި ހާދިސާއާ ގުޅިގެން ސިޔާސީ މަސްރަހުވެސް ވަނީ ހޫނުވެފައެވެ. ތުރިނަމޫލް ކޮންގްރެސް އިން ވަނީ ވެސްޓް ބެންގޯލްގެ އަންހެނުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި، ބީޖޭޕީ ސަރުކާރަށް ފާޑުކިޔާފައެވެ. އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދޫޕްގުރީގައި ހިނގި މި ބިރުވެރި ހާދިސާއިން ދޭހަވަނީ އަންހެނުންގެ ރައްކާތެރިކަމާ މެދު ސަރުކާރުން ވީ ވައުދުތަކަކީ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ސިޔާސީ ފައިދާއަށް ބަލައިގެން ބައެއް ހާދިސާތަކުގައި އެކަނި އަޑުއުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

    ]]>
    Sun, 09 Aug 2026 10:38:00 +0500 ނިއުސް ޑެސްކް
    އެކަނިއުޅޭ މީހަކު މަރުވިކަން ނޭނގި އަހަރަކަށްފަހު ފެނުނީ ކަށިގަނޑު https://heerasnews.com/4491 https://heerasnews.com/4491 ބެންގަލޫރުގެ ބަގަލަގުންޓޭ ސަރަޙައްދުގައި އެކަނި ދިރިއުޅެމުންދިޔަ 57 އަހަރުގެ އަންހެނަކު، އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ އަންހެންމީހާ ފެނުނުއިރު އޮތީ ހަމައެކަނި ކަށިގަނޑެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވިތާ މިހާރު ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެދާނެއެވެ.

    މަރުވެފައިވަނީ ދަކްޝަޔިނީ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ އޭނާ ދިރިއުޅޭ ދެބުރި އިމާރާތުގެ ތެރެއިންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އެ ގެ ބަންދުކޮށްފައި ހުރުމުން އުފެދުނު ޝައްކުތަކަކާ ގުޅިގެން، އާންމުން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

    ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި، އެ ގެއަށް އެއްވެސް ބަދަލެއް ނައިސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ކުއްޔަށް ދިނުމުގެ ބޭނުމުގައި ގެ ބަލަން ދިޔަ ބްރޯކަރުންގެ ބަޔަކަށް ގޭގެ ދޮރު ހުޅުވޭގޮތް ނުވުމުން، ކަމެއް ގޯސްވެފައިވާ ކަމަށް ޝައްކުކުރެވިގެން ފުލުހުންނަށް އެންގީއެވެ.

    ބަގަލަގުންޓޭ ފުލުހުންގެ ޓީމަކުން އެ ގެއަށް ގޮސް ބެލިއިރު، ދަކްޝަޔިނީގެ ކަށިގަނޑު ވަނީ ފެނިފައެވެ. އޭނާ މަރުވި ސަބަބާއި މަރުވި ވަގުތު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

    ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ދަކްޝަޔިނީއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭނާ އެކަނި ދިރިއުޅެން ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ. 2005 ވަނަ އަހަރު އޭނާގެ ފިރިހެން ދަރިފުޅު ބަލިވެ އުޅުމަށްފަހު މަރުވުމާ ގުޅިގެން، އޭނާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. އެ ހިތާމައިގެ ސަބަބުން އޭނާއަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެ، 'ސްކިޒޮފްރީނިއާ' ބަލި ހުންނަކަން ވަނީ ދެނެގަނެވިފައެވެ.

    އޭނާގެ އާއިލާއިން އައީ އޭނާއަށް ފަރުވާ ދިނުމާއި އޭނާގެ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވަމުންނެވެ.

    ]]>
    Sun, 09 Aug 2026 10:07:53 +0500 ނިއުސް ޑެސްކް
    ކުޑަކުއްޖަކު 8 މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ https://heerasnews.com/4486 https://heerasnews.com/4486 އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު އޭނާގެ ކާފަ އާއި މާމަ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު، ސުކޫލަށް ގޮސް އިތުރު ހަ މީހަކު މަރާލައި އަމިއްލައަށް މަރުވެއްޖެ ކަމަށް ބެންކޮކް ފުލުހުން ހާމަކޮށްފިއެވެ. މިއީ 2022 ވަނަ އަހަރަށްފަހު ތައިލޭންޑްގައި ހިނގި އެންމެ ނުރައްކާތެރި މާސް ކިލިންގ ނުވަތަ ގިނަ ބަޔަކު އެއްފަހަރާ މަރާލުމުގެ ހާދިސާއެވެ.

    ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ހުޅަނގު އުތުރުގައި ހުންނަ "ޑެބްސިރިން ނޮންތަބުރީ ސުކޫލު" ގައި ހިނގި މި ހާދިސާއާ ގުޅިގެން، ޒަހަމްވި މީހުން އެމްބިއުލާންސްތަކަށް އަރުވަމުން ދިޔައިރު، ބިރުން ހާސްވެފައި ތިބި ދަރިވަރުންތައް ވަނީ ސުކޫލުން ބޭރަށް ނުކުމެފައެވެ. އަދި އެ ސަރަޙައްދުގައި ތިބި މުދައްރިސުން އެކަކު އަނެކަކު ގައިގައި ބައްދައިގެން ރޮމުންދިޔަ މަންޒަރު ފެނިފައިވެއެވެ.

    ފުލުހުން ބުނި ގޮތުގައި، ބަޑިޖެހި 14 އަހަރުގެ ކުއްޖާ މަދުވެގެން 26 ވަޒަން ފޮނުވާލާފައިވާއިރު، އޭނާގެ އަތުން އިތުރު 34 ވަޒަން ފެނިފައިވެއެވެ. އޭނާ ބޭނުންކުރި ބަޑިއަކީ އޭނާގެ ކާފަގެ ބަޑިއެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

    އެ ސުކޫލުގެ 18 އަހަރުގެ ދަރިވަރަކު ކިޔައިދިން ގޮތުގައި، ފުރަތަމަ އޭނާއަށް ހީވީ ބަޔަކު ފަޓާސް ޖަހަނީ ކަމަށެވެ. "ފުރަތަމަ ބަޑިޖަހަނީ ކަމަކަށް ހިއެއް ނުކުރަން. ވަރަށް ގިނަ ފަހަރު ބަޑިޖެހި އަޑު އިވުނު. ދެން އިރުކޮޅަކަށް ހިމޭންވުމަށްފަހު އަނެއްކާވެސް ފެށީ،" އޭނާ ބުންޏެވެ.

    ނޭޝަނަލް ޕޮލިސްގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް ޓްރައިރޮންގ ފޯފަން ވިދާޅުވި ގޮތުގައި، ސުކޫލުގައި މަރުވި ހަތް މީހުންގެ ތެރޭގައި ހަމަލާދިން ކުއްޖާވެސް ހިމެނެއެވެ. އަދި މި ހާދިސާގައި 15 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ސުކޫލެއްގައި ހިނގި ބަޑިޖެހުމުގެ ދެވަނަ ހާދިސާ

    ތައިލެންޑުގެ އެޑިއުކޭޝަން މިނިސްޓަރު ޕްރަސެރްޓް ޖަންތަރަރުއަންތޮންގ ވިދާޅުވި ގޮތުގައި، މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި މުދައްރިސުންނާއި ދަރިވަރުން ހިމެނެއެވެ. ފުލުހުން ވަނީ ހަމަލާދިން ކުއްޖާއަކީ އެ ސުކޫލުގެ ދަރިވަރެއްކަން ކަށަވަރުކޮށްދީފައެވެ.

    މިއީ މިއަހަރު ތެރޭގައި ތައިލެންޑުގެ ސުކޫލެއްގައި ހިނގި ބަޑިޖެހުމުގެ ދެވަނަ ހާދިސާއެވެ. މީގެ ކުރިން ފެބްރުއަރީ މަހު އެގައުމުގެ ދެކުނުގެ ސަރަހައްދެއްގައި ހިނގި ހާދިސާއެއްގައި މުދައްރިސަކު މަރުވެ، ދަރިވަރަކު ވަނީ ޒަހަމްވެފައެވެ.

    އުމުރުން 47 އަހަރުގެ އިމަޖެންސީ މަސައްކަތްތެރިއެއް ކަމަށްވާ ކިއާތިހުން ވެރަޕޮންގްޕްރަޑިތު ބުނި ގޮތުގައި، އޭނާގެ ޓީމަށް އެތަނަށް ދެވުނުއިރުވެސް ބަޑިޖެހުން ކުރިއަށްދެއެވެ. އޭނާގެ ޓީމުން ވަނީ ބުރަކައްޓާއި މެޔާއި އަތް ޒަހަމްވެފައި ތިބި ދަރިވަރުންނަށް ފަރުވާ ދީފައެވެ. ސުކޫލުގެ މަތީ ފަންގިފިލައެއްގައި ފިރިހެން މުދައްރިސަކު މަރުވެފައި އޮއްވާ ފެނުނުއިރު، އެހެން ކޮޓަރިއެއްގެ ތެރޭގައި މެޔާއި އަތް ޒަހަމްވެފައި އޮތް އަންހެން މުދައްރިސަކު ފެނުނު ކަމަށް އޭނާ ކިޔައިދިނެވެ.

    އެންމެ ފަހު ބަޑީގެ އަޑާއެކު، ހަމަލާދިން ކުއްޖާއަށް ފަރުވާ ދިނުމަށް މަސައްކަތް ކުރެވުނެވެ. "އަޅުގަނޑުމެން އަވަހަށް މައްޗަށް ދިޔައިރު، ހަމަލާދިން ކުއްޖާ އަމިއްލަ ބޮލުގެ ކަނާތް ފަރާތަށް ބަޑިޖަހައިގެން ވެއްޓިފައި އޮތް. އޭނާގެ ވިންދު ބެލިއިރު ވިންދު ހުރުމުން ސީ.ޕީ.އާރު ދޭން ފެށިން،" އޭނާ ބުންޏެވެ. އޭގެ ފަހުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނެވެ.

    ޑިސްޓްރިކްޓް އިދާރާތަކުން ބުނާ ގޮތުގައި، 2025 ވަނަ ތައުލީމީ އަހަރު އެ ސުކޫލުގައި 3100 އެއްހާ ދަރިވަރުންނާއި 147 މުދައްރިސުން ތިބެއެވެ.

    ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، މިއީ ހިނގައިގެން ނުވާނެ ފަދަ ބިރުވެރި ހާދިސާއެއް ކަމަށެވެ. "މަރުވި މީހުންގެ އާއިލާތަކަށްޓަކައި އަޅުގަނޑު ހިތާމަކުރަން. އަދި އަޅުގަނޑުމެންގެ ގައުމުގައި މިފަދަ ކަމެއް ހިނގުމަކީ ލިބޭ ވަރަށް ބޮޑު ހިތާމައެއް،" އޭނާ ވިދާޅުވިއެވެ.

    ބަޑިޖެހުމުގެ ހާދިސާތަކުގެ ތާރީހު

    ތައިލެންޑުގައި ބަޑި ގެންގުޅުމާއި ބަޑީގެ ހަމަލާތައް ދިނުމަކީ ފެންނަލެއް މަދެއް ނޫނެވެ. ފާއިތުވި ހަ އަހަރު ތެރޭގައި އެގައުމުގައި ބަޑިޖެހުމުގެ ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ. ކުޑަކުދިންނަކީވެސް މިފަދަ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ބައެކެވެ.

    ތައިލެންޑުގެ ފަހުގެ ތާރީހުގައި އެކަކު ދިން އެންމެ ނުރައްކާތެރި ހަމަލާ ހިނގާފައިވަނީ 2022 ވަނަ އަހަރުއެވެ. އެފަހަރު ކުރީގެ ފުލުހަކު ވަނީ ތިން ގަޑިއިރު ވަންދެން ބަޑިއާއި ވަޅި ބޭނުންކޮށްގެން ދިން ހަމަލާއެއްގައި 36 މީހުން މަރާލާފައެވެ. މީގެ ތެރޭގައި ޑޭކެއަރ ސެންޓަރެއްގައި ނިދާފައި ތިއްބާ ވަޅިން ހަމަލާދީ މަރާލި 22 ކުޑަކުދިން ހިމެނެއެވެ.

    މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖުލައި މަހު ބެންކޮކްގެ މާރުކޭޓެއްގައި މީހަކު ވަނީ ފަސް މީހަކު މަރާލުމަށްފަހު އަމިއްލައަށް މަރުވެފައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު ހެޓް ޔައި ސިޓީގެ ސުކޫލެއްގައި ދިން ހަމަލާއެއްގައި މުދައްރިސަކު ވަނީ މަރުވެފައެވެ.

    2020 ވަނަ އަހަރު ސިފައިންގެ މީހަކު ވަނީ ނަކޮން ރަޓްޗަސީމާގައި 29 މީހުން މަރާލާފައެވެ. އަދި 2023 ވަނަ އަހަރު 14 އަހަރުގެ ކުއްޖަކު ވަނީ ބެންކޮކްގެ ލަގްޒަރީ މޯލެއްގައި ބަޑިޖަހައި ދެ މީހަކު މަރާލައި ފަސް މީހަކު ޒަހަމްކޮށްލާފައެވެ.

    2023 ވަނަ އަހަރުގެ ހާދިސާއަށްފަހު، އޭރުގެ އިންޓީރިއަރ މިނިސްޓަރު އަނުތިން ވަނީ ބަޑި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރޭގައި އާ ބަޑި ލައިސަންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމާއި، ބަޑި އެތެރެކުރުމުގެ ފުރުސަތު ހަނިކުރުމާއި، 20 އަހަރުން ދަށުގެ ކުދިން ބަޑިޖަހާ ރޭންޖުތަކަށް ދިއުން މަނާކުރުން ހިމެނެއެވެ.

    މީގެ އިތުރުން، ދިގު މުއްދަތުގެ ފިޔަވަޅުތަކުގެ ތެރޭގައި، ބަޑި ގެންގުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ބެލުމަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމާއި، ބަޑި ލައިސަންސްގެ މުއްދަތު ކަނޑައެޅުން ހިމެނެއެވެ.

    2017 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ތައިލެންޑުގެ އާންމު ރައްޔިތުންގެ އަތުގައި 10.3 މިލިއަން ބަޑި ހުރި ކަމަށް ލަފާކުރެވެއެވެ. މިއީ ކޮންމެ 100 މީހަކަށް 15 ބަޑީގެ ނިސްބަތެކެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް މަތީ އަދަދެކެވެ.

    ]]>
    Fri, 07 Aug 2026 14:56:48 +0500 ނިއުސް ޑެސްކް
    ހޮރްމޫޒް ކަނޑުއޮޅިން ވަންނަ އުޅަނދުފަހަރުގެ ކޮންޓްރޯލް އީރާނަށް https://heerasnews.com/4483 https://heerasnews.com/4483 އީރާނާއި އޮމާނާ ދެމެދު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމެއްގެ ދަށުން، ހޮރްމޫޒް ކަނޑުއޮޅިން ވަންނަ އުޅަނދުފަހަރުގެ ކޮންޓްރޯލް އީރާނަށް ލިބިދާނެ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

    އެއްބަސްވުމާއިގުޅިގެން ފާހަގަވާ މައިގަނޑު ނުކުތާތައް:

    • ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ދިނުމަކީ އެ ގައުމަށް ދެވޭ ވަރަށް ބޮޑު ދޫދިނުމަކަށް ވާނެއެވެ.
    • އެމެރިކާއިން މީގެ ކުރިން ބުނަމުން އައީ އީރާނުގެ ފުރިހަމަ ކޮންޓްރޯލް އެ ސަރަހައްދަށް އޮތުމަށް ދުވަހަކުވެސް އެއްބަސްނުވާނެ ކަމަށެވެ.
    • އޮމާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާނުން ރިޕޯޓްކުރެއެވެ.
    • އެމެރިކާއިން އަލުން ހަމަލާއެއް ދީފިނަމަ، އަވަށްޓެރި ގަލްފް ގައުމުތަކުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

    އީރާނާއި އެމެރިކާއާ ދެމެދު ފަސް މަސް ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން އީރާނާއި އޮމާނާ ދެމެދު ހުށަހަޅާފައިވާ އެއްބަސްވުމުގެ ދަށުން، ހޯރްމޫޒް ކަނޑުއޮޅިން ގަލްފަށް ވަންނަ އުޅަނދުފަހަރުގެ ކޮންޓްރޯލް ތެހެރާނަށް ލިބޭނެ ކަމަށް އީރާނުގެ އިސް މަސްދަރަކާއި ސަރަހައްދީ ދެ އޮފިޝަލަކު މައުލޫމާތު ދީފިއެވެ. މިއީ މިހާތަނަށް އީރާނަށް ދެވޭ އެންމެ ބޮޑު އެއް ދޫދިނުމެވެ.

    މި ހުށަހެޅުމާ ގުޅޭގޮތުން އެމެރިކާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް، ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ އެންމެ މުހިންމު މަގުގެ ކޮންޓްރޯލް އީރާނަށް ދިނުމަށް އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް ދެކޮޅު ހަދަމުންދިޔައެވެ.

    ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ބާރު އީރާނަށް ލިބޭ އެއްބަސްވުމަކަށް އަތުވެއްޖެނަމަ، އޭގެ މާނައަކީ މިދިޔަ ފެބުރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ސަރަހައްދީ ބާރުވެރިކަން އީރާނުގެ ކޮޅަށް ވަރަށް ބޮޑަށް ބުރަވުމެވެ. ހަނގުރާމައިގެ ކުރިން، މި ކަނޑުއޮޅިއަކީ އެއްވެސް ފީއަކާ ނުލައި ހުރިހާ އުޅަނދަކަށް މިނިވަންކަމާއެކު ހުޅުވާލެވިފައިވާ ތަނެކެވެ.

    ސަރަހައްދީ ފެންވަރުގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތް:

    އީރާނާއި އޮމާނުން ދަނީ އެ ދެ ގައުމުގެ ބާރު ހިނގާ އުތުރު އަދި ދެކުނު ޗެނަލްތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އީރާނުން ބުނާ ގޮތުގައި މި މަޝްވަރާ ތަކުގައި "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާ އިރު، ކަނޑުއޮޅިން ވަންނަ އަދި ނުކުންނަ އުޅަނދުފަހަރު ދަތުރުކުރާނީ އީރާނުގެ ކަނޑުގެ ސަރަހައްދުންނެވެ.

    ހަމައެއާއެކު، އެމެރިކާއިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދިނުމުގެ ގޮތުން ގަލްފުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ ގަލްފުގެ ގައުމުތަކަށް އިންޒާރު ދީފައެވެ. މިއީ އެމެރިކާގެ ބައިވެރިންނަށް ބިރުދައްކައިގެން، އެމެރިކާއިން ކުރާ އަސްކަރީ ހަރަދުތަކާއި ކުރިމަތިވާނެ ގެއްލުންތައް ބޮޑުކުރުމަށް އީރާނުން ކުރާ މަސައްކަތެކެވެ.

    "އީރާނުގެ އިންޒާރަކީ ވަރަށް ސާފު އިންޒާރެއް: އެމެރިކާއިން އީރާނުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށްފިނަމަ، އޭގެ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދޭނެ،" ގަލްފުގެ މަސްދަރަކުން ބުންޏެވެ.

    ނުނިމި ހުރި މައްސަލަތައް:

    އީރާނާއި އޮމާނާ ދެމެދު ވެވޭ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދެއްކި މަސްދަރުތަކުން ބުނާ ގޮތުގައި، އަދިވެސް ހައްލުނުވެ ހުރި ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. އަދި އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުމަށް އެ ފަރާތްތަކުން ސުވާލު އުފައްދައެވެ.

    އެއްބަސްވުމުގެ ދަށުން، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ކާގޯގެ އަގުން %5 އާއި %7 އާ ދެމެދުގެ ފީއެއް ނެގުމަށް އީރާނުން ބޭނުންވެއެވެ. އޮމާނުން ހުށަހަޅަނީ %3 އެވެ. ނަމަވެސް އެމެރިކާއިން ބޭނުންވަނީ އެއްވެސް ފީއެއް ނުނެގުމަށެވެ.

    އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ގަރީބްއާބާދީ ވިދާޅުވި ގޮތުގައި، އޮމާނާއެކު ކުރެވޭ މަޝްވަރާތަކުގައި އަސާސީ ސިފައެއްގައި އެއްބަސްވުންތަކަކަށް ވަނީ އާދެވިފައެވެ. އަދި އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމާ ގުޅޭގޮތުން ޖޫން މަހު ވެވުނު އެއްބަސްވުމަށް އެމެރިކާ އަނބުރާ ރުޖޫއަވާން ތައްޔާރަށް އޮތް ކަމުގެ މެސެޖުތައް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ޓްރަމްޕަށް ކުރިމަތިވެފައިވާ ފިއްތުންތައް:

    ހަނގުރާމައިގެ ކުރީކޮޅު އީރާނުން "ޝަރުތެއް ނެތި އަމާންދޭންޖެހޭނެ" ކަމަށް ވިދާޅުވި ޓްރަމްޕަށް މިހާރު ވަނީ ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ކުރިއަށް އޮތް މިޑް-ޓާމް އިންތިހާބާ ދިމާކޮށް، އެމެރިކާގެ ގިނަ ރައްޔިތުން މި ހަނގުރާމައާ ދެކޮޅު ހަދަމުންދާތީ، ހަނގުރާމަ ހުއްޓާލުމުގެ މަގުތަކެއް ހޯދުމަށް އޭނާއަށް ވަނީ މަޖުބޫރުވެފައެވެ.

    އަސްކަރީ ގޮތުން ބަލާއިރު، އެމެރިކާގެ ދިގު ރާސްތާގެ މިސައިލްތައް ހުސްވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ ބާޒާރަށްވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. ހާއްސަކޮށް ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އުޅަނދުފަހަރަށް ހަމަލާދޭން ފެށުމާއެކު، ރަތްކަނޑުގެ ދަތުރުފަތުރަށް ވަނީ ނުރައްކާ ބޮޑުވެފައެވެ.

    ]]>
    Thu, 06 Aug 2026 02:38:35 +0500 ނިއުސް ޑެސްކް
    އަލް&ސައްޔިދުގެ ކާމިޔާބީ: ޑިމޮކްރެޓުންގެ އިސް ވެރިންނަށް ބޮޑު ސިހުމެއް https://heerasnews.com/4482 https://heerasnews.com/4482 މިޝިގަންގެ ސެނެޓް ޕްރައިމަރީގައި އަބްދުލް އަލް-ސައްޔިދު ހޯއްދެވި ކާމިޔާބީގެ އަސަރުތައް އެތައް ސަތޭކަ މޭލެއް ދުރުގައި ތިއްބެވި ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންނަށް މިހާރު ވެސް ހުންނާނީ އިހުސާސް ކުރެވިފައެވެ.

    ރިޕަބްލިކަން ޕާޓީއަށް އިންތިހާބީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ޑިމޮކްރެޓިކް ޕާޓީގެ އާންމު މެންބަރުން މިވަނީ ވާތުފިޔަވީގެ އާ ވިސްނުމެއްގެ ބޭފުޅަކަށް ފުރުސަތު ދީފައެވެ. މީގެ ސަބަބުން، އަންނަ ނޮވެމްބަރު މަހު ބާއްވާ ސެނެޓް އިންތިހާބުގެ ވާދަވެރިކަން އިތުރުވެ، މުޅި ސެނެޓުގެ ކޮންޓްރޯލް ކަނޑައެޅުމުގައި މި ގޮނޑި ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.

    މިހާރު އުފެދޭ ސުވާލަކީ، އަލް-ސައްޔިދު ޕާޓީގެ އާންމު މެންބަރުންގެ މެދުގައި އުފައްދާފައިވާ ޖޯޝާއި ފޯރި، އާންމު އިންތިހާބުގެ ވޯޓުލާ މީހުންގެ މެދުގައި ދެމެހެއްޓިދާނެތޯއެވެ؟ އަދި ކޮންމެ ކޮޅަކަށްވެސް ވޯޓު އަނބުރާލަފާނެ ފަދަ "ސްވިންގް ސްޓޭޓް" އެއްގައި، ވާތުފިޔައިގެ ހަރުކަށި އުސޫލުތަކެއް ގެންގުޅުއްވާ ޑިމޮކްރެޓަކަށް ކާމިޔާބު ކުރެވިދާނެތޯއެވެ؟ އަލް-ސައްޔިދުގެ ވާދަވެރިޔާއަށް ތާއީދުކުރި ޕާޓީގެ އިސްވެރިންގެ އުންމީދަކީ ވެސް އެއީއެވެ.

    މިދިޔަ އަންގާރަ ދުވަހު ފަސް ސްޓޭޓެއްގައި ބޭއްވި ޕްރައިމަރީގެ ނަތީޖާތަކުން ފެނިގެންދަނީ، މިޑްޓާމް އިންތިހާބަށް ތިން މަސް ދުވަހަށް ވެފައިވަނިކޮށް އެމެރިކާގެ ރައްޔިތުންގެ ވިންދު ހުރި ގޮތެވެ. މި ނަތީޖާތަކުން މުހިންމު ހަތަރު ނުކުތާއެއް ފާހަގަވެއެވެ.

    އަބްދުލް އަލް-ސައްޔިދު

    1. ވާތުފިޔައިގެ އާ ހަނގުރާމަވެރިއެއް

    މިޝިގަންގެ ސެނެޓް ޕްރައިމަރީގައި އަބްދުލް އަލް-ސައްޔިދު ހޯއްދެވި ކާމިޔާބީއަކީ މާބޮޑު ހައިރާންކަމެއް ލިބުނު ކަމެއް ނޫނެވެ. އޭނާ ވަނީ ވޭތުވެދިޔަ ހަފުތާތަކުގައި ކޮންގްރެސްގެ މެންބަރު ހޭލީ ސްޓީވަންސްއަށް ވުރެ ބޮޑު ތަފާތަކުން ކުރީގައި އުޅުއްވާފައެވެ.

    ޕްރައިމަރީގެ ނަތީޖާ، ކުރިން ލަފާކުރި ވަރަށް ވުރެ ގާތް ނަމަވެސް، މިއީ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފައްދާފައިވާ ކާމިޔާބީއެކެވެ. މިޝިގަންގެ ކުރީގެ ސިއްހީ އޮފިޝަލެއް ކަމަށްވާ އަލް-ސައްޔިދަކީ މިސްރުގެ ހިޖުރަވެރިންގެ ދަރިއެކެވެ. އޭނާ ކެމްޕޭން ކުރެއްވީ ބާނީ ސޭންޑާސް، އެލިޒަބަތު ވޮރެން އަދި އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒް ފަދަ ލިބަރަލް ލީޑަރުންގެ ތާއީދާއެކުގައެވެ.

    ވޮޝިންގްޓަންގައި ތިއްބަވާ ޑިމޮކްރެޓިކް ލީޑަރުންގެ ތާއީދާއި، އިންތިހާބީ މަގާމެއް ފުރުއްވާފައިވާ ތަޖުރިބާގެ އިތުރުން، އޭޕެކް ފަދަ އިސްރާއީލަށް ތާއީދުކުރާ ޖަމާއަތްތަކުން ދިން 32 މިލިއަން ޑޮލަރުގެ އެހީތެރިކަން ވެސް އަލް-ސައްޔިދު ގެ ވާދަވެރިޔާ ސްޓީވަންސްއަށް ލިބިވަޑައިގަތެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން ނަތީޖާއަށް ބަދަލެއް ނައެވެ.

    އަލް-ސައްޔިދު ވަނީ ސަރުކާރުން ހަރަދުކުރާ ހެލްތު އިންޝުއަރެންސާއި، ބޭހުގެ އަގު ހެޔޮކުރުމާއި، މުއްސަނދިންގެ އަތުން ބޮޑު ޓެކްސް ނެގުން ފަދަ ސިޔާސަތުތަކާ ދެކޮޅަށް ވަކާލާތު ކުރައްވާފައެވެ. އޭނާގެ ކެމްޕޭންގެ މައިގަނޑު ޝިއާރަކީ "ސިޔާސީ ކަންކަމުން ފައިސާ ބޭރުކޮށް، ރައްޔިތުންގެ ޖީބަށް ފައިސާ ވެއްދުން" މިއެވެ.

    މީގެ ސަބަބުން، އާންމު އިންތިހާބުގައި އޭނާ ވާދަކުރައްވާނީ ރިޕަބްލިކަން ޕާޓީގެ މައިކް ރޮޖާސްއާއެވެ. މިއީ ވާތުފިޔަވީގެ ކެންޑިޑޭޓަކަށް މިފަދަ ވާދަވެރި ސްޓޭޓެއްގައި ކާމިޔާބު ހޯދިދާނެތޯ ބެލުމަށް ލިބޭނެ އެންމެ ބޮޑު އިމްތިހާނެވެ.

    2. އިސްރާއީލަށް ތާއީދުކުރާ ބައެއް ޑިމޮކްރެޓުންނަށް ނާކާމިޔާބީ

    އަންގާރަ ދުވަހުގެ ރޭ ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އޭޕެކްގެ ތާއީދު އޮތް އެންމެ ފާހަގަކޮށްލެވޭ ކެންޑިޑޭޓަކީ ސްޓީވަންސްއެވެ. މީގެ އިތުރުން މިޝިގަންގެ އެހެން ދާއިރާތަކުން ވެސް އިސްރާއީލަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

    މިސާލަކަށް، އިސްރާއީލަށް އެމެރިކާގެ އެހީ ދިނުމަށް ވަކާލާތުކުރާ ސްރީ ތަނޭދާރު ވަނީ ޑޮނަވަން މެކިނީ އަތުން ބަލިވެފައެވެ. އަދި އިސްރާއީލަށް ހަތިޔާރު ވިއްކުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވާ ވިލިއަމް ލޯރެންސް ވެސް ވަނީ ކާމިޔާބީ ހޯއްދަވާފައެވެ. ނަމަވެސް މިސްވަރީ އާއި ވޮޝިންގްޓަން ފަދަ ސްޓޭޓްތަކުގައި އިސްރާއީލަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ވަނީ ކާމިޔާބު ލިބިފައެވެ.

    3. ރިޕަބްލިކަން ސިޔާސަތުތަށް ނޫނެކޭ ބުނުން

    އަންގާރަ ދުވަހުގެ ވޯޓުން ފެނިގެންދިޔަ އަނެއް ކަމަކީ، ރިޕަބްލިކަން ޕާޓީން ހުށަހަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ރައްޔިތުން އިންކާރު ކުރުމެވެ. މިސޫރީގައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުން އުނދަގޫ ކުރުމަށް ރިޕަބްލިކަނުން ހުށަހެޅި ހުށަހެޅުމަށް ރައްޔިތުން ވަނީ ވަރަށް ބޮޑު ތަފާތަކުން ނޫނެކޭ ބުނެފައެވެ. ހަމައެފަދައިން ކެންސަސްގައި ވެސް ފަނޑިޔާރުން އިންތިހާބު ކުރާ ގޮތަށް ބަދަލުކުރަން ހުށަހެޅި ހުށަހެޅުން ވަނީ ފެއިލްވެފައެވެ.

    4. ޓްރަމްޕްގެ ތާއީދު އަދިވެސް މުހިންމު

    ރިޕަބްލިކަން ޕާޓީގެ އެތެރޭގެ ވާދަވެރިކަމަށް ބަލާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރެއްވި ކެންޑިޑޭޓުންނަށް ވަނީ ބޮޑެތި ކާމިޔާބީތަކެއް ލިބިފައެވެ. މިޝިގަންގެ ގަވަރުނަރު ކަމަށް ވާދަކުރާ ޖޯން ޖޭމްސް އާއި ކެންސަސް އަދި ވޮޝިންގްޓަންގެ ބައެއް ދާއިރާތަކުން ޓްރަމްޕްގެ "ޕިކްސް" ނުވަތަ އޭނާ އިހުތިޔާރުކުރި ބޭފުޅުން ވަނީ ކުރިހޯއްދަވާފައެވެ.

    މިއީ ޓްރަމްޕާ ދެކޮޅު ވިސްނުން ގެންގުޅޭ ރިޕަބްލިކަނުންގެ ބާރު ޕާޓީގެ ތެރޭގައި ކުޑަވަމުންދާ ކަމުގެ ހެއްކެކެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ޓްރަމްޕް ތާއީދުކުރި ކެންޑިޑޭޓުން ބަލިވިކަން ވެސް ފާހަގަކުރެވެއެވެ.               

    ]]>
    Thu, 06 Aug 2026 02:13:32 +0500 ނިއުސް ޑެސްކް
    112 ޝަހީދުންގެ ބޮޑު ޖަނާޒާއެއް ގައްޒާގައި ބާއްވައިފި https://heerasnews.com/4479 https://heerasnews.com/4479 ގައްޒާ ހަނގުރާމައިގެ ކުރީކޮޅު، 2023 ވަނަ އަހަރުގެ ފަހުކޮޅު، އިސްރާއީލުން ގައްޒާ ސިޓީގެ މީހުން ދިރިއުޅޭ އިމާރާތްތަކަކަށް ދިން ހަމަލާއެއްގައި ޝަހީދުވި 112 މީހުންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

    މި ދެ އާއިލާއަކަށް ނިސްބަތްވާ މީހުންގެ ހަށިތައް ފެނިފައިވަނީ، ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މަސައްކަތުން، އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުންނެވެ.

    ޝަހީދުވި ކޮންމެ މީހެއްގެ ހަށިގަނޑު ފަލަސްތީނުގެ ދިދައިން ނިވާކޮށް، ބައެއް މީހުންގެ ފޮޓޯތައް ހަށިގަނޑު ކައިރީގައި ބަހައްޓާފައި ހުރި މަންޒަރުތައް ފެނިގެންދިޔައެވެ. މިއީ ގައްޒާގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު ޖަނާޒާ ކަމަށް ބެލެވެއެވެ.

    ޖަނާޒާގައި ބައިވެރިވި އަލީ އަބޫ ޝަރީއާ ބުނި ގޮތުގައި، މިއީ އިންތިހާއަށް ހިތާމަވެރި ވަގުތެއް ނަމަވެސް، ޝަހީދުވި މީހުންގެ ހަށިތައް ފެނި، އެމީހުން ވަޅުލެވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

    ޝަހީދުވި މީހުންގެ ތެރޭގައި އަބޫ ޝަރީއާ އަދި ހަސައިނާ އާއިލާގެ 40 ކުޑަކުދިންނާއި، 38 އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ 7 މީހުން ހިމެނެއެވެ. މި މީހުން ޝަހީދުވީ 22 ނޮވެމްބަރު 2023 ގައި ގައްޒާ ސިޓީގެ ސަބްރާ އަވަށުގެ އިމާރާތްތަކަކަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައެވެ.

    އިސްރާއީލް ސިފައިންނާ މި ހަމަލާއާ ގުޅޭގޮތުން ސުވާލުކުރުމުން، އެމީހުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

    ގައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 73377 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

    ކުނިބުނިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ސިވިލް ޑިފެންސްގެ ފަރާތުންނެވެ. މި މަސައްކަތުގައި ބައިނަލްއަގުވާމީ ރެޑް ކްރޮސް އިން އަންނަނީ ފަންނީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ބޭނުންވާ ސާމާނާއި، ތަމްރީނާއި، އަދި ކޮނުމަށް ބޭނުންވާ ބޮޑެތި މެޝިނަރީޒް ފޯރުކޮށްދިނުން ހިމެނެއެވެ.

    ސިވިލް ޑިފެންސްގެ ތަރުޖަމާނު މުހައްމަދު ބާސިލް ވިދާޅުވި ގޮތުގައި، ހަމަލާދިން ދުވަހު އެ ސަރަހައްދަށް ދިއުމަށް އިސްރާއީލުގެ ހުރަސްތަކުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވިއެވެ. އެ އިމާރާތުގައި 180 އެއްހާ މީހުން ތިބި އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ މީހުން ވަނީ ޝަހީދުވެފައެވެ.

    އާއިލާގެ އެންމެން ގެއްލި، ހަމައެކަނި ސަލާމަތްވި ޔޫސުފް އަބޫ ޝަރީއާ ބުނީ، އޭނާގެ މަންމައާއި ބައްޕައާއި، ބޮޑުބޭބެމެންނާއި އާއިލާގެ އެންމެން ގެއްލުނީ އެ ކުނިބުނިތަކުގެ ދަށަށް ކަމަށެވެ. އަދި ނާހިދު އަލް ހަސައިނާ، އޭނާގެ ތިމާގެ ދެ ކުޑަ ކުދިން ކަމަށްވާ އުމަރާއި އިބްރާހީމްގެ ދަބަހާއި ބޫޓު ދައްކަމުން ސުވާލުކުރީ، އެ ކުށެއް ނެތް ކުޑަކުދިން މަރާލީ ކީއްވެގެންތޯއެވެ؟

    އަދިވެސް އެ ސަރަހައްދުގެ ކުނިބުނިތަކުގެ ދަށުގައި އެތައް ބައެއްގެ ހަށިތައް ވާނެ ކަމަށް ބެލެވެއެވެ. މުޅި ގައްޒާގައިވެސް މިފަދައިން ގެއްލިފައިވާ އެތައް ހާސް ބަޔަކު ތިބި އިރު، ގިނަ ބަޔަކު ތިބީ އިސްރާއީލުގެ ބޯމަތީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ކަމަށް ބެލެވެއެވެ.    

    ]]>
    Tue, 04 Aug 2026 21:36:00 +0500 ނިއުސް ޑެސްކް
    82 އަހަރުގައި ބައިސްކަލުގައި 3300 މޭލަށް | އެންމެ ފަހުގެ ދަތުރު https://heerasnews.com/4476 https://heerasnews.com/4476 ހައިރާތަށް ފައިސާ ހޯދުމުގެ މަގުސަދުގައި އޮސްޓްރޭލިއާ 3300 މޭލު (5300 ކިލޯމީޓަރު) ބައިސިކަލް ދުއްވި އުމުރުން 82 އަހަރުގެ ބޮބް މޮންޓްގޮމެރީ، އޭނާގެ މި ބުރަ ދަތުރު ނިންމާލިތާ އެއްދުވަސް ފަހުން ނިޔާވެއްޖެއެވެ.

    ބޮބް މޮންޓްގޮމެރީ ގެ އާއިލާއިން ސޯޝަލް މީޑިއާގައި ޝާއިއު ބަޔާނެއްގައި ބުނެފައިވަނީ، ބޮބް ނިޔާވީ ކުއްލި ގޮތަކަށް ނަމަވެސް ވަރަށް އަމާންކަމާއެކު ކަމަށެވެ. އޭނާ ނިޔާވީ ހުޅަނގު އޮސްޓްރޭލިއާގެ ބްރޫމް އިން ފެށިގެން ސިޑްނީގެ ހުޅަނގު ދެކުނުގައި އޮންނަ ބޯރަލްއާ ހަމައަށް އޭނާ ކުރި "ވަން ލާސްޓް ރައިޑް" ނުވަތަ "އެންމެ ފަހުގެ ދަތުރު" ފުރިހަމަކުރިތާ އެންމެ ދުވަހެއް ފަހުންނެވެ.

    އޭނާގެ ކާފަ ދަރިފުޅާ އެކު ކުރި ހަ ހަފުތާގެ މި ދަތުރުން، މޮޓޯ ނިއުރޯން ޑިޒީޒް (އެމް.އެން.ޑީ) ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ޗެރިޓީއަކަށް ގާތްގަނޑަކަށް 105000 އޮސްޓްރޭލިއަން ޑޮލަރު (74000 އެމެރިކާ ޑޮލަރު) އޭނާ ވަނީ ހޯދައިދީފައެވެ.

    މިއީ އެމް.އެން.ޑީ އެން.އެސް.ޑަބްލިއު އަށް އެހީވުމަށް އޭނާ ކުރި ހަވަނަ ދަތުރެވެ. އާއިލާގެ ބަޔާނުގައިވާ ގޮތުން މިއީ އޭނާގެ އަމިއްލަ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. 59 އަހަރުވީ އޭނާގެ އަނބިމީހާ ޖެނީ އޭނާ ނިޔާވިއިރު، ގާތުގައި ހުރި ކަމަށާއި، ނިޔާވުމުގެ މަދު ގަޑިއިރުތަކެއް ކުރިންވެސް އޭނާ ދިޔައީ މި ބައްޔާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖުތައް ފޯރުކޮށްދެމުން ކަމަށް އާއިލާއިން ބުނެފައިވެއެވެ.

    އޮސްޓްރޭލިއާގެ ގައުމީ ބްރޯޑްކާސްޓަރު އޭ.ބީ.ސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޮންޓްގޮމެރީ އާއި އޭނާގެ ކާފަ ދަރިފުޅު ޓޮމް މެލްކަމް އާދިއްތަ ދުވަހު ބޯރަލްއަށް ދިއުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އޭނާ އޭ.ބީ.ސީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދަތުރުގެ ތެރެއިން ބައްދަލުވި މީހުންނާއި، މަޑުކޮށްލާ ކޮންމެ ތަނަކުން ލިބުނު ތަރުހީބަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

    "ދަތުރުގެ ތެރެއިން ވަރަށް ގިނަ މީހުންނާ ބައްދަލުވެ، އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް އަޑުއިވުނު. އަދި އެހީތެރިވުމުގެ ގޮތުން ގިނަ ބަޔަކު ފައިސާ ހަދިޔާކުރި، އެއީ ވަރަށް އުފާވި ކަމެއް،" މޮންޓްގޮމެރީ ބުނެފައިވެއެވެ.

    އޭނާގެ ގާތްތިމާގެ މީހަކު އެމް.އެން.ޑީ ބަލީގައި ނިޔާވުމާ ގުޅިގެން މިފަދަ ހަރަކާތްތައް ފެށި މޮންޓްގޮމެރީ ވަނީ މީގެ ކުރީގެ ދަތުރުތަކުން ޖުމްލަ 300000 އެއްހާ އޮސްޓްރޭލިއަން ޑޮލަރު ހޯދައިދީފައެވެ. އޭނާގެ އެހީ ހޯދާ ޕޭޖުގައި ލިޔެފައިވަނީ، އާއިލާގެ މީހުންނާއި ރައްޓެހިން މި ބަލީގައި ތަހައްމަލުކުރި ވޭން ފެނުމުން ހިތްފަޅައިގެންދާ ފަދަ އަސަރެއް ކުރި ކަމަށެވެ.

    ހޯމަ ދުވަހު އޭނާގެ ކާފަ ދަރިފުޅު މެލްކަމް އާއިއެކު ސިޑްނީއަށް ދަތުރު ކުރިއިރު، އާއިލާގެ އެންމެން ވަނީ މި ކާމިޔާބީ ފާހަގަކުރުމަށް އެއްވެފައެވެ. ނަމަވެސް އެ އުފާފާޅުކުރުންތަކަށް ފަހު މޮންޓްގޮމެރީގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވި ކަމަށް އެމް.އެން.ޑީ އެން.އެސް.ޑަބްލިއު ގެ ޗީފް އެގްޒެކެޓިވް ލިއަމް އޯމީރާ ވިދާޅުވިއެވެ.

    ލިއަމް އޯމީރާ ވަނީ މޮންޓްގޮމެރީ ނިޔާވުމާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، އޭނާއަކީ އެ ޖަމިއްޔާގެ ވަރަށް ގާތް އެކުވެރިއެއްގެ އިތުރުން، އެއްވެސް ވަރުބަލިކަމެއް ނެތި އެހީތެރިކަން ފޯރުކޮށްދިން ހިތްވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

    ]]>
    Tue, 04 Aug 2026 16:16:08 +0500 ނިއުސް ޑެސްކް
    ޖިންސީގޯނާގެ ދައުވާއިން ރެސްލިން ރައީސް ސަލާމަތްވެއްޖެ https://heerasnews.com/4473 https://heerasnews.com/4473 އިންޑިއާގެ ރެސްލިން ފެޑެރޭޝަންގެ ކުރީގެ ރައީސްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކުން އޭނާ ބަރީއަވެފައިވާ ކަމަށް ނިއުދިއްލީގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ. މައްސަލައަކީ އިންޑިއާގެ މަޝްހޫރު އަންހެން ރެސްލިން ކުޅުންތެރިންތަކެއް ބްރިޖް ބުޝަން ޝަރަން ސިންގްއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. މައްސަލައިގައި ޖިނާއީ ފިޔަވަޅު އެޅުމަށް ގޮވާލައި މަސްތަކެއް ވަންދެން ކުރިއަށްދިޔަ އިހުތިޖާޖުތަކަށް ތިން އަހަރު ފަހުން ކޯޓުން މިވަނީ އޭނާ ކުށްވެރިނުވާ ކަމަށް ކަނޑައަޅާފައެވެ.

    އުމުރުން 69 އަހަރުގެ ބްރިޖް ބުޝަންއަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ކުރީގެ ސިޔާސީ ބޭފުޅެކެވެ. 2024 ވަނަ އަހަރު އޭނާގެ މައްޗަށް ދައުވާ އުފުލުނު ނަމަވެސް، އެ އަހަރު އޭނާގެ ދައުރު ހަމަވުމުން އަލުން އިންތިހާބަށް ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، އޭނާގެ ދާއިރާއަށް ވާދަކުރީ އޭނާގެ ދަރިފުޅެވެ.

    ގަޔަށް އަތްލައި ޖިންސީ މަންފާ ހޯދުމަށް ބްރިޖް ބުޝަން މަސައްކަތް ކުރި ކަމަށް ފަސް އަންހެން ކުޅުންތެރިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފައެވެ.

    ހުސްވި ހަފްތާގެ ހޯމަ ދުވަހު އިއްވި ހުކުމަށްފަހު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ބްރިޖް ބުޝަން ވިދާޅުވީ، އިންސާފު ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އޭނާއަށް އޮތް ކަމަށާއި، އޭނާއަކީ ދުވަހަކުވެސް ކުށްވެރިއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭނާގެ ވަކީލު ރާޖީވް މޯހަން ވިދާޅުވީ، ހެކިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމާއި، މުހިންމު ކަންކަމުގައި ދެކޮޅުނުޖެހޭ ވާހަކަތަކެއް ހުރުމުން ކޯޓުން އޭނާގެ މުވައްކިލު "އިއްޒަތްތެރިކަމާއެކު މިނިވަންކޮށްފައިވާ" ކަމަށެވެ.

    ކޯޓުގެ ހުކުމާ ގުޅިގެން ބްރިޖް ބުޝަންގެ ސަޕޯޓަރުން ވަނީ ހަވާއަރުވައި، މާބޮނޑިތަކުން އޭނާއަށް މަރުހަބާ ކިޔައި، އޭނާއަށް ތާއީދުކޮށް އަޑުއުފުލާފައެވެ.

    ހިޔާލުތަފާތުވުންތަކާއި އިހުތިޖާޖުތައް

    2023 ވަނަ އަހަރު މި މައްސަލައާ ގުޅިގެން އިންޑިއާގެ ނަން މަޝްހޫރު އަންހެން ރެސްލިން ކުޅުންތެރިން އިސްވެ ތިބެ ގިނަ ހަފުތާތަކެއް ވަންދެން މުޒާހަރާކޮށްފައިވެއެވެ. މީގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ވިނޭޝް ފޯގަޓް އާއި އޮލިމްޕިކްސްއިން ބްރޮންޒް މެޑަލް ހޯދާފައިވާ ސާކްޝީ މާލިކް ހިމެނެއެވެ. އެ ކުޅުންތެރިން ބާރުއަޅަމުން ދިޔައީ އިންޑިއާގެ ރެސްލިން ފެޑެރޭޝަން (ޑަބްލިއު.އެފް.އައި) ގެ ރައީސްކަމުގެ މަގާމުން ސިންގް ވަކިކުރުމަށެވެ.

    ބްރިޖް ބުޝަން އާއި ދެކޮޅަށް ދައުވާކުރާ ކުޅުންތެރިންނަކީ ސިންގްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި 2023 ވަނަ އަހަރު ނިއުދިއްލީގައި ކުރިއަށްގެންދިޔަ އިށީނދެގެން ތިބެ ކުރި މުޒާހަރާތަކުގައި ބައިވެރިވި ސަތޭކައެއްހާ މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. މި ހަރަކާތްތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ. އިންޑިއާގެ އުތުރުގެ ރަށު ފެންވަރުގެ ސަރަހައްދުތަކުގައި ރެސްލިންއަކީ ވަރަށް މަގުބޫލު ކުޅިވަރެކެވެ. އިހުތިޖާޖުގެ ތެރެއިން ޕާލަމެންޓާ ދިމާލަށް ހިނގާފައި ދަނިކޮށް ފޯގަޓް އާއި އެހެނިހެން ކުޅުންތެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެންދިޔައެވެ.

    2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ސިންގްގެ ގާތް މީހަކު ފެޑެރޭޝަންގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން، އޮލިމްޕިކްސްގައި ވާދަކުރި ބަޖްރަންގް ޕުނިއާ ވަނީ އޭނާއަށް ލިބިފައިވާ އިންޑިއާގެ އެންމެ މަތީ މަދަނީ އެވޯޑުތަކުގެ ތެރެއިން އެވޯޑެއް އަނބުރާ ރައްދުކޮށްފައެވެ. އަދި މާލިކް ވެސް ވަނީ އެކަމާ އިހުތިޖާޖުކޮށް ކުޅިވަރުން ރިޓަޔާކޮށްފައެވެ.

    މަސައްކަތް އަދިވެސް ދަނީ ކުރިއަށް

    ސިންގްއާ ދެކޮޅަށް މި މައްސަލަ ހުށަހެޅި އަންހެން ކުޅުންތެރިން ވަނީ ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް އެމީހުންގެ ވަކީލަށް އަންގާފައެވެ. ފޯގަޓް "އެކްސް" ގައި ހާމަކުރި ގޮތުގައި، މި މަސައްކަތް "ވީހާވެސް އަވަހަކަށް" ފަށާނެއެވެ. އޭނާ ބުނި ގޮތުގައި، އެމީހުން އުންމީދު ކަނޑައެއް ނުލައެވެ އަދި ކުޅުންތެރިންގެ ހައްގުގައި ކުރާ މި މަސައްކަތް ކުރިއަށް ގެންދާނެއެވެ.               

    ]]>
    Tue, 04 Aug 2026 02:50:33 +0500 ނިއުސް ޑެސްކް
    މޮޑެލް ޓްވިޝާ ޝަރްމާ މަރު: މައިދައިތައާއި ފިރިމީހާ ހައްޔަރަށް https://heerasnews.com/4469 https://heerasnews.com/4469 އިންޑިއާގެ މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރްމާގެ މަރުގެ މައްސަލައިގައި، އޭނާގެ މައިދައިތަ އިންޑިއާގެ މަރުކަޒީ ތަހުގީގީ އިދާރާ (ސީ.ބީ.އައި) އިން ހައްޔަރުކޮށްފިއެވެ. ޓްވިޝާގެ މަރަކީ ގާތިލާގެ އާއިލާއިން ކުރާ ތުހުމަތުތަކާ އެއްގޮތް މަރުގެ ހާދިސާއެއްތޯ ނުވަތަ އަމިއްލައަށް މަރުވުމުގެ ހާދިސާއެއްތޯ ބެލުމަށް ދަނީ ތަހުގީގު ކުރަމުންނެވެ.

    އުމުރުން 33 އަހަރުގެ ޓްވިޝާ މަރުވެފައި އޮއްވާ ފެނުނީ މަދްޔަޕްރަދޭޝްގެ ބޯޕާލްގައި ހުންނަ އޭނާގެ ފިރިމީހާގެ ގޭގެ ތެރެއިން މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ އޭނާ ކައިވެނިކުރިތާ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައެވެ.

    ޓްވިޝާގެ ފިރިމީހާ ސަމަރުތު ސިންގް އަކީ ގާނޫނީ ވަކީލެކެވެ. ޓްވިޝާގެ މައިދައިތަ ގިރިބާލާ ސިންގް އަކީ ރިޓަޔަރޑް ފަނޑިޔާރެކެވެ. ބަފާކަލޭގެ އަވަނިންދަރާ ކޭ. ސިންގ އަކީވެސް ރިޓަޔަރޑް ފަނޑިޔާރެކެވެ. އެމީހުންގެ މައްޗަށް ޓްވިޝާ އާއިލާއިން ތުމަތުކުރަނީ 'ޑައުރީ' ގެ މައްސަލައިގައި ޓްވިޝާއަށް ބޮޑެތި އަނިޔާތަކެއް ކޮށް، އޭނާ މަރާލާފައިވާކަމަށެވެ. ނަމަވެސް، ފިރިމީހާގެ އާއިލާއިން މި ތުހުމަތުތައް ދޮގުކުރެއެވެ.

    މިދިޔަ ބުރާސްފަތި ދުވަހު ސީ.ބީ.އައި އިން ގިރިބާލާ ސިންގް ހައްޔަރުކުރީ އެތައް އިރެއް ވަންދެން އޭނާއާ ސުވާލުކުރުމަށްފަހުއެވެ. މަދްޔަޕްރަދޭޝްގެ ހައިކޯޓުން ވަނީ އޭނާގެ ކަފާލާތުގެ ފުރުސަތު ވެސް ބާތިލުކޮށްފައެވެ. އެއީ ދަށު ކޯޓުން މައްސަލައިގެ މުހިންމު ހެކިތަކާއި ހެކިބަހަށް އިހުމާލުވެފައިވާކަމަށް ބުނެއެވެ.

    މި މައްސަލައިގައި ފުލުހުން ފުރަތަމަ މައްސަލަ ރަޖިސްޓްރީކުރީ 'ޑައުރީ ޑެތު' ނުވަތަ ރަންގެ މައްސަލައިގައި މަރުވުމުގެ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް، މި ހަފުތާގެ ކުރީކޮޅު މުޅި ތަހުގީގު ސީ.ބީ.އައި އާ ވަނީ ހަވާލުކޮށްފައެވެ.

    ޓްވިޝާގެ މަރާއެކު އިންޑިއާގައި 'ޑައުރީ' ނުވަތަ ރަންގެ މައްސަލައިގައި އަންހެނުންނަށް ކުރާ އަނިޔާތަކުގެ ބަހުސް އަނެއްކާވެސް ވަނީ ގަދަވެފައެވެ. 1961 ވަނަ އަހަރުން ފެށިގެން އިންޑިއާގައި މި އާދަކާދަ މަނާކޮށްފައިވީ ނަމަވެސް، ކޮންމެ އަހަރަކު އެތައް ހާސް އަންހެނުންނެއް މި ސަބަބާ ހުރެ މަރާލެވެއެވެ. މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނު އަނެއް ސަބަބަކީ، ޓްވިޝާ އަކީ ކުރީގެ ރީތީގެ ރާނީއެއްގެ އިތުރުން މަޝްހޫރު އެކްޓަރަކަށް ވެފައި، އޭނާގެ ފިރިމީހާގެ އާއިލާއަކީ ގާނޫނީ ދާއިރާގެ ނުފޫޒުގަދަ ބަޔަކަށް ވުމެވެ.

    ޓްވިޝާގެ އާއިލާއިން ބުނާ ގޮތުގައި، ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަންގެ މައްސަލައިގައި ގޯނާކުރަން ފެށިއެވެ. އަދި ޓްވިޝާ ބަލިވެ އިނުމުން، އޭނާގެ ފިރިމީހާ އާއި މައިދައިތަ ވަނީ އޭނާގެ އިއްފަތްތެރިކަމާ މެދު ސުވާލު އުފައްދައި، މަޖުބޫރުން ދަރިވައްޓާލަން ޖައްސާފައި ކަމަށްވެސް އާއިލާއިން ތުހުމަތުކުރެއެވެ.

    ނަމަވެސް ސިންގްގެ އާއިލާއިން ބުނަނީ ޓްވިޝާއަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދިޔަ މީހެއް ކަމަށާއި، އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. އަދި ދަރިވައްޓާލީ އަމިއްލަ އިޚްތިޔާރުގައި ކަމަށްވެސް އެ އާއިލާއިން ބުނެއެވެ.

    ޓްވިޝާގެ ފިރިމީހާ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ. އޭނާ ހައްޔަރުކުރީ ޓްވިޝާގެ މަރަށްފަހު ފިލައިގެން އުޅެނިކޮށް މެއި 22 ގައެވެ. ޓްވިޝާގެ ހަށިގަނޑު އަންދާލާފައިވަނީ ދެވަނަ އޮޓޮޕްސީއެއް ހެދުމަށްފަހު މިދިޔަ އާދީއްތަ ދުވަހުއެވެ. އާއިލާއިން ތުހުމަތުކުރި ގޮތުގައި ފުރަތަމަ ހެދި ޕޯސްޓްމޯޓަމްގައި މައްސަލަތަކެއް ހުރި އިރު، ފުލުހުން ވަނީ ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައެވެ. އެކަމަކު ފުލުހުން މި ތުހުމަތުތައް ދޮގުކުރެއެވެ.

    ]]>
    Sun, 02 Aug 2026 11:24:46 +0500 ނިއުސް ޑެސްކް
    ކޮކްރޮޗުންނަކީ މަގު އޮޅިފައިވާ ކުދިންތަކެއް: މޯދީ https://heerasnews.com/4464 https://heerasnews.com/4464 މުޒާހަރާކުރި ދަރިވަރުންނަށް އަދަބު ދިނުމަކުން މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

    ހުސްވި މަހު ކުރިއަށްދިޔަ މުޒާހަރާތަކުގައި ބޮޑުވަޒީރު މޯދީއާ ދެކޮޅަށް ހުތުރު ބަހުން މުއާމަލާތްކުރި ދަރިވަރުންނަށް މާފުކުރަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ކުދިންނަށް އަދަބުދީ، ތަކުރާރުކޮށް ކޯޓަށް ހާޒިރުކުރުވުމަކީ މައްސަލަ ހައްލުވާނެ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

    މޯދީގެ ތިންވަނަ ދައުރުގައި ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ގޮންޖެހުން އުފެދުނީ، އިންޑިއާގެ ގައުމީ އިމްތިހާނުގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން މިދިޔަ ޖުލައި މަހު 2 މިލިއަން ދަރިވަރުން އަލުން އިމްތިހާނު ހަދަން ޖެހުމުންނެވެ. މީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް މަދުވުމާ މެދު ޒުވާނުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިގެންދިޔައެވެ.

    މުޒާހަރާތަކުގެ ތެރެއިން ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ބޮޑުވަޒީރާ ދެކޮޅަށް އަޑުއުފުލި އެތައް ސަތޭކަ ދަރިވަރުންނެއްގެ މައްޗަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

    ހުކުރު ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި މޯދީ ވިދާޅުވީ، "މިއީ މަގު އޮޅިފައިވާ ކުދިންތަކެއް ކަމަށާއި، އެކުދިންނަށް ރަނގަޅު މަގު ދައްކައިދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް" ކަމަށެވެ. އަދި އެކުދިންނަށް އަދަބުދީ، ކޯޓުތަކަށް ދުއްވައި، މުޖުތަމައުގައި ބާކީކޮށްލުމަކުން ހާލަތު ބަދަލުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުންވަނީ އެކުދިންނަށް މާފުކުރަން. އަޅުގަނޑުގެ މި ނިންމުން މުޖުތަމައުންވެސް ބަލައިގަންނާނެ ކަމަށް އުންމީދު ކުރަން،" މޯދީ ވިދާޅުވިއެވެ.

    މުޒާހަރާތަކުގެ ތެރޭގައި އިންޑިއާގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް ނިއުދިއްލީގައި، މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ޕާލަމެންޓާ ދިމާލަށް ހިނގާފައި ދިޔަ މީހުން ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަގޭހާއި މުގުރުގެ ބޭނުންކޮށްފައެވެ.

    ހަރަކާތުގައި އިސްކޮށް އުޅުނު "ކޮކްރޯޗް ޖަންތާ ޕާޓީ" އިން ހޯމަ ދުވަހު ބުނި ގޮތުގައި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދާނެ ކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް، އެކި ސްޓޭޓްތަކުން އެތައް ސަތޭކަ ދަރިވަރުންނެއް އަދިވެސް ވަނީ ހައްޔަރުކޮށްފައެވެ.

    އިންޑިއާގެ ޒުވާނުން ކުރަމުންދިޔަ މުޒާހަރާތައް ނިންމާލީ އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމުންނާއި، އިމްތިހާނު ނިޒާމު އިސްލާހުކުރުމާއި ދަރިވަރުންގެ މައްޗަށް އުފުލާފައިވާ މައްސަލަތައް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވުމާ ގުޅިގެންނެވެ.

    ކުރަފި މުޒާހަރާ އާއި ގުޅިގެން މޯދީގެ ސަރުކާރުން މިހާރު ވަނީ އާންމު އިމްތިހާނުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ޕާލަމެންޓަށް ބިލެއް ހުށަހަޅާފައެވެ. މި ބިލުގައި އިމްތިހާނު ކަރުދާސް ލީކުކުރުމުގައި ބައިވެރިވާ ފަރާތްތަކަށް ދޭ އަދަބުތައް ހަރުކަށިކޮށް، ބޮޑެތި ޖޫރިމަނާތަކާއި ދިގު މުއްދަތުގެ ޖަލު ހުކުމްތައް ވަނީ ހިމަނާފައެވެ.

    ]]>
    Sat, 01 Aug 2026 16:35:35 +0500 ނިއުސް ޑެސްކް
    ރައީސްގެ ދަރިކަލުން މައްޗަށް ތަހުގީގުހިންގަން ސްޕްރީމްކޯޓުން ހުއްދަދީފި https://heerasnews.com/4462 https://heerasnews.com/4462 ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ދަރިކަލުންގެ މައްސަލައެއް ތަހުގީގު ކުރުމުގެ ހުއްދަ ފެޑަރަލް ފުލުހުންނަށް ބްރެޒިލްގެ ސްޕްރީމް ކޯޓުން ދީފިއެވެ. ބްރެޒިލް ރައީސް ލުއިޒް އިނާސިއޯގެ ދަރިކަލުން ފަބިއޯ ލުއިޒް ލޫލާ ގެ މައްޗަށް ތަހުގީގު ހިންގަނީ ހެލްތު މިނިސްޓްރީއާ ގުޅުންހުރި ކަންކަމުގައި ލޮބީސްޓަކަށް ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

    ރައީސްގެ ދަރިކަލުން ފަބިއޯ ލުއިސް ލޫލާ ޑަ ސިލްވާ އާ ދެކޮޅަށް ތަހުގީގު ހިންގުމުގެ ހުއްދައަށް ފުލުހުން އެދިފައިވަނީ މިދިޔަ ހަފުތާގައެވެ. އޭނާގެ މައްޗަށް ކުރެވެނީ ވިޔަފާވެރިއެއް ކަމަށްވާ އެންޓޯނިއޯ ކާލޯސް ކަމީލޯ އެންޓޫނެސްގެ ފައިދާއަށްޓަކައި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ކޮރަޕްޝަންގެ ތުހުމަތެވެ.

    ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލާނީ، ކެނަބިޑިއޯލް އެކުލެވޭ ބޭހެއް ސަރުކާރުން ގަތުމާ ގުޅޭ މުއާމަލާތެއްގައި، އެންޓޫނެސްގެ ވިޔަފާރިތަކަށް ހެލްތު މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމުގެ މަގު ފަބިއޯ ލުއިސް ފަހިކޮށްދީފައިވޭތޯއެވެ.

    ރައީސްގެ ދަރިކަލުން ފަބިއޯ ލުއިސްގެ ވަކީލު މިކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެފަދަ ތަހުގީގެއް ހިނގާކަން ރަސްމީކޮށް އެނގިފައިނުވާ ކަމަށާއި، އެކަމުގެ އެއްވެސް ލިޔެކިޔުމެއް އަދި  ލިބިފައިނުވާ ކަމަށެވެ. މިއީ ސިޔާސީ މަގުސަދެއްގައި ހިންގާ ގައިރުގާނޫނީ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

    އެހެން ނަމަވެސް ރައީސް ލޫލާ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާގެ ދަރިކަލުންނާ މެދުވެސް އަމަލުކުރެވޭނީ އެހެން ކޮންމެ ރައްޔިތަކާ މެދުވެސް އަމަލުކުރާ އުސޫލުން ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދަރިކަލުން ހިމާޔަތް ނުކުރައްވާނެ ކަމަށެވެ. އަދި ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

    ބްރެޒިލްގެ ނޭޝަނަލް ސޯޝަލް ސެކިއުރިޓީ އިންސްޓިޓިއުޓް އިން ދޭ ޕެންޝަން ފައިސާގެ ތެރެއިން ނާޖާއިޒު ގޮތުގައި ފައިސާ ހޯދާފައިވާ ކަމަށް ބުނާ މައްސަލައެއްގައިވެސް، ރައީސް ލޫލާގެ ދަރިކަލުން ފަބިއޯ ލުއިސް މައްޗަށް ތަހުގީގު ހިންގުމުގެ ހުއްދަ މިއަހަރުގެ ކުރީކޮޅު ސުޕްރީމް ކޯޓުން ވަނީ ދީފައެވެ.

    ފެބްރުއަރީ މަހު ދެއްވި އިންޓަވިއުއެއްގައި ރައީސް ލޫލާ ވިދާޅުވެފައިވަނީ މި މައްސަލަތަކާ ގުޅިގެން އޭނާގެ ދަރިކަލުންނާ ސުވާލުކުރެއްވި ކަމަށެވެ. "ކަމެއް ގޯސްކޮށް ކޮށްފައިވާނަމަ، އޭގެ އަދަބު ލިބޭނެ. އެފަދަ ކަމެއް ކޮށްފައި ނުވާނަމަ، ތިމާގެ ދިފާއުގައި މަސައްކަތްކުރާށޭ" ދަރިކަލުން ގާތު ވިދާޅުވެފައި ވާނޭކަމަށެވެ. 

    ]]>
    Sat, 01 Aug 2026 12:17:46 +0500 ނިއުސް ޑެސްކް
    އަގުހެޔޮކޮށް ތައިލެންޑަށް ކުރި ދަތުރުވީ ބިރުވެރި ހާދިސާއަކަށް https://heerasnews.com/4454 https://heerasnews.com/4454 އަގުހެޔޮކޮށް ތައިލެންޑަށް ކުރި ދަތުރެއް ބިރުވެރި ހާދިސާއަކަށް ބަދަލުވެ، ތިން އިންޑިއާ މީހަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

    ތައިލެންޑުގައި އުފާވެރި ޗުއްޓީއެއް ހޭދަކޮށްލުމަށް ކުރި އުންމީދުތައް ފެނަށްވެ، ތިން އިންޑިއާ ރައްޔިތަކު ހަފުތާއެއް ވަންދެން ރަހީނުކޮށް ލާއިންސާނީ އަނިޔާދީފައި ވާކަމަށް ތަހުގީގީ އިދާރާތަކުން ހާމަކޮށްފިއެވެ. މި 3 މީހުން ތައިލެންޑަށް ގެންގޮސްފައިވަނީ އިންޑިއާ އަދި ޕާކިސްތާނު މީހުން ހިމެނޭ ގުރޫޕަކުން އޮޅުވާލައިގެން ހަދާފައިވާ "ފޭކް" ޓުއަރ ޕެކޭޖެއްގެ ދަށުންނެވެ.

    ދަތުރު ހަމަޖައްސައިދިން ގުރޫޕުން ވަނީ ރަހީނުކުރި 3 މީހުންނަށް އަނިޔާކޮށް، އެމީހުންގެ އާއިލާތަކުގެ އަތުން ފައިސާ ހޯދުމަށް މަޖުބޫރުކުރުވާފައެވެ. ނަމަވެސް، ތައިލެންޑުގެ ފުލުހުން ކުރި މަސައްކަތުން މި މީހުން ފޮރުވާފައި ތިބި ތަން ހޯދައި، އެމީހުން ވަނީ ސަލާމަތްކޮށްފައެވެ.

    ހާދިސާގައި އަނިޔާ ލިބުނު މީހުންނަކީ އުމުރުން 23 އަހަރާއި 26 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެމީހުން ސަލާމަތްކޮށްފައިވަނީ ޕަޓާޔާގެ ބަންގް ލާމުންގް އަވަށުގައި ހުރި ދެބުރި އިމާރާތަކުންނެވެ. ރަހީނުކުރި މީހުން ވަނީ މި ތިން މީހުންގެ އާއިލާތަކުން ޖުމްލަ 2.4 މިލިއަން ބާތު (ގާތްގަނޑަކަށް 70 ލައްކަ އިންޑިއާ ރުޕީސް) އަށް ޑިމާންޑްކޮށްފައެވެ.

    ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، މި މީހުން ތައިލެންޑަށް ދިޔުމުގެ ކުރިން ކޮންމެ މީހަކު 70،000 ބާތު (ގާތްގަނޑަކަށް 2 ލައްކަ އިންޑިއާ ރުޕީސް) ޓުއަރ ޕެކޭޖަށް ދައްކާފައިވެއެވެ. ބެންކޮކްގެ އެއާޕޯޓަށް ފޭބުމަށްފަހު، އެމީހުން ޕަޓާޔާއަށް ދިޔައީ ޓެކްސީއެއްގައެވެ. އެތަނުން އިންޑިއާ މީހަކު މޮޓޯސައިކަލެއްގައި އެމީހުން އެކަކު އަނެކަކާ ވަކިން ކުއްޔަށް ހިފާފައިވާ ގެއަކަށް ގެންދިޔައެވެ. އެ ގެއަށް ދިޔުމާއެކު ޕާކިސްތާނުގެ ހަތަރު މީހަކާއި އިންޑިއާ މީހަކުވެގެން އެމީހުން ބަންދުކުރީއެވެ.

    ރަހީނުކުރި މީހުންނަށް ދިން ލާއިންސާނީ އަނިޔާ

    ފުލުހުން އެ ގެ ރޭޑްކުރިއިރު، ތިން މީހުން ތިބީ އަތާއި ފައި އަދި އަނގަ ބަނދެފައި ދެ ކޮޓަރިއެއްގައި ބަންދުކޮށްފައެވެ. އެމީހުންގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ. ތަހުގީގުގައި އެމީހުން ބުނެފައިވަނީ ކޮންމެ ދުވަހަކުވެސް އެމީހުންނަށް އަނިޔާކުރާ ކަމަށެވެ. އެގޮތުން ބޯ ތިރިއަށްވާ ގޮތަށް އެލުވުމާއި، ފައިގެ ކޮޅުގައި ބާރަށް ތެޅުމާއި، ކާބޯތަކެއްޗާއި ފާހާނާ ބޭނުންކުރުމުން މަހްރޫމްކޮށްފައިވާ ކަމަށް އެމީހުން ކިޔައިދިނެވެ.

    މީގެ އިތުރުން، އާއިލާގެ މީހުންނަށް ވީޑިއޯ ކޯލް ކުރާއިރު، ގިނަ އަދަދަކަށް ލޭ އަންނަ ކަން ދެއްކުމަށްޓަކައި އެމީހުންގެ ގަޔަށް ރަތް ކުލަ އޮއްސާފައިވާ ފޮޓޯތަކެއްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

    ތަހުގީގާއި ހައްޔަރުކުރުން

    މައްސަލާގައި ތައިލެންޑު ފުލުހުން ވަނީ އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ އަވްތާރު ސިންގް، ޖަގްޖިތު ސިންގް، ރާމްބަލަކް ކުމާރު، ސުކްބީރު ސިންގް އަދި ކުލްރާ ސިންގް އެވެ. އެމީހުން ހައްޔަރުކުރީ ބެންކޮކުން ފުރަން އުޅެނިކޮށެވެ. ހައްޔަރުކުރި މީހުން ބުނި ގޮތުގައި މިކަން ރޭވީ ޗެޓް އެޕްލިކޭޝަނަކުން ދިމާވި ޕާކިސްތާނު މީހެކެވެ.

    ފުލުހުން ގަބޫލުކުރާ ގޮތުގައި މި ޖަރީމާގެ އަސްލު މޭސްތިރިއަކީ ދުބާއީގައި ހުރި މީހެކެވެ. އެމީހުން ރަހީނުންގެ އަތުން ހޯދާ ފައިސާ ބަދަލުކުރުމަށް ރޭވީ ކްރިޕްޓޯކަރަންސީ މެދުވެރިކޮށެވެ. އަދި ހައްޔަރުކުރި މީހުންނަށް މިކަމުގެ ބަދަލެއްގެ ގޮތުން ފައިސާއާއި، ރަހީނުންގެ އަތުން ފޭރޭ ތަކެއްޗާއި، ތައިލެންޑުން ފުރައިގެން ދިއުމުގެ ޓިކެޓް ދޭނެކަމަށް ވަނީ ވައުދުވެފައެވެ.

    މި ހާދިސާއާ ގުޅިގެން ތައިލެންޑުގެ އިމިގްރޭޝަން އިސް އޮފިޝަލަކު ވިދާޅުވީ، މިއީ ބޭރުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށާއި، އަގުހެޔޮ ޓުއަރ ޕެކޭޖުތަކަށް އާންމުން ސަމާލުވާންޖެހޭ ކަމަށެވެ. މި ހާދިސާ ހިނގާފައި މިވަނީ އިންޑިއާގެ ފަތުރުވެރިންނަށް ވިސާއާ ނުލައި ތައިލެންޑަށް ވަދެވޭ ގޮތަށް ހަމަޖެއްސިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.           

    ]]>
    Thu, 30 Jul 2026 12:24:51 +0500 ހީރަސް
    ފިރިމީހާ ނަހަމަގުޅުން ބާއްވާތީ ކޮއްކޮ މަރާލައިފި https://heerasnews.com/4453 https://heerasnews.com/4453 ފިރިމީހާއާ އޮތް ނުބައި ގުޅުމެއްގެ ތުހުމަތުގައި، އަންހެނަކު ކޮއްކޮއަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ. މި ހާދިސާ ހިންގާފައިވަނީ އިންޑިއާގެ މީރުތުގައެވެ.

    މީރުތު ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ގޭގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ނިދާ ނަމަކަށް ކިޔާ އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި، ގާތިލަކީ ކާކުކަން ދެނެގަތުމަށް ފުލުހުން ކުރި މަސައްކަތުން އެނގުނު ގޮތުގައި، މިއީ އާއިލާގެ އެތެރޭގައި އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރެއިން ހިންގާފައިވާ އަމަލެކެވެ.

    ނިދާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުވައިސްގެ އަނބިމީހާ ރިމްޝާއެވެ. މި ހާދިސާގެ އަސްލަކީ، ރިމްޝާގެ ފިރިމީހާ އުވައިސް އާއި ނިދާއާ ދެމެދު އޮތް ކަމަށް ތުހުމަތުކުރެވޭ ގާތް ގުޅުމެކެވެ. ފުލުހުން ބުނާ ގޮތުގައި، އުވައިސް އާއި ނިދާގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން ރިމްޝާ އާއި ނިދާއާ ދެމެދު ގިނަ ދުވަސްތަކެއް ވަންދެން މައްސަލަ ޖެހި، އެއްގޭގެ ތެރޭގައި ދެމީހުންގެ މެދުގައި ދިޔައީ ތަކުރާރުކޮށް ޒުވާބު ހިނގަމުންނެވެ.

    ހާދިސާ ހިނގި ދުވަހު، މެންދުރުގެ ވަގުތެއްގައި ރިމްޝާ އޭނާގެ މައިންބަފައިންގެ ގެއަށް ދިޔައެވެ. އެތަނުގައި ނިދާ އާއި ރިމްޝާއާ ދެމެދު އަނެއްކާވެސް ހޫނު ޒުވާބެއް ހިނގައި، އެންމެ ފަހުން ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ. ފުލުހުން ބުނި ގޮތުގައި، ރިމްޝާ ބަދިގެއިން ތަރުކާރީ ކޮށާ ވަޅިއެއް ނަގައި ނިދާގެ މޭގެ ތެރެއަށް ހަރާލީއެވެ. މި ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިދާ ވަނީ މަރުވެފައެވެ.

    މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން މީރުތު ފުލުހުންގެ އޮފިސަރު ސަންގްރާމް ސިންގް ވިދާޅުވީ، ފޯނު ރެކޯޑްތަކާއި އެކި ހެކިތަކަށް ބެލުމުން މި މަރުގެ ތުހުމަތު އިނގިލި ދިމާވީ ރިމްޝާއާ ދިމާލަށް ކަމަށެވެ. އަދި ނިދާ އާއި އުވައިސްގެ މެދުގައި އޮތް ގާތް ގުޅުމަކީ މި ދެ އަންހެނުންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވި މައިގަނޑު ސަބަބުކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

    ފުލުހުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ސުވާލުކުރުމުގެ ތެރޭގައި ރިމްޝާ ވަނީ އޭނާ ކުރި ކުށަށް އިއުތިރާފުވެފައެވެ. އަދި އޭނާ މަރަށް ބޭނުންކުރި ވަޅި ވެސް ފުލުހުން ވަނީ ހޯދާފައެވެ. މިހާރު ރިމްޝާ ވަނީ ކޯޓަށް ވެސް ހާޒިރުކޮށްފައެވެ.

    މި ހާދިސާގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

    ]]>
    Wed, 29 Jul 2026 14:44:43 +0500 ނިއުސް ޑެސްކް
    ސަރުކާރާ ދެކޮޅު މޭޔަރަކު ހައްޔަރުކޮށްފި https://heerasnews.com/4452 https://heerasnews.com/4452 ތުރުކީގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ އިސްތަންބޫލްގެ ޑިސްޓްރިކްޓެއްގެ މޭޔަރާއި އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. އިސްތަންބޫލްގެ ޑިސްޓްރިކްޓް މޭޔަރާއި އިތުރު ފަސް މީހަކު މިއަދު ހައްޔަރުކުރީ އިމާރާތްކުރުމުގެ ހުއްދަ ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށެވެ.

    މިއީ ތުރުކީގެ ރައީސް ތައްޔިބު އުރުދުގާނާ އިދިކޮޅު މައި ޕާޓީން ހިންގާ މުނިސިޕަލްޓީތަކާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން އެޅި އާ ފިޔަވަޅެކެވެ.

    އެން.ޓީ.ވީ ބްރޯޑްކާސްޓަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުސްކުދާރު މުނިސިޕަލްޓީގެ މޭޔަރު ސިނެމް ދެދެތާޝްގެ އިތުރުން، އެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި، ސެކްރެޓަރީއަކާއި، އާކިޓެކްޓަކާއި، ބިޒްނަސް އެޖެންޓަކާއި ކޮންޓްރެކްޓަރެކެވެ.

    ފުލުހުން ވަނީ އިސްތަންބޫލްގެ 11 ތަނެއް އެއްވަގުތެއްގައި ރެއިޑްކޮށް، ތުހުމަތުކުރެވޭ މީހުންގެ އަތުން ޑިޖިޓަލް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ތުހުމަތު ކުރެވޭ ގޮތުގައި، އެ މުނިސިޕަލްޓީން އިމާރާތްކުރުމުގެ ހުއްދަ ދޫކުރަނީ ކޮންޓްރެކްޓަރުން ވަކި ކޮންސަލްޓެންސީ އެއްބަސްވުންތަކެއްގައި ސޮއިކުރަން މަޖުބޫރުވާ ފަދަ ނިޒާމެއްގެ ތެރެއިން ކަމަށް ތުހުމަތުކޮށްފައެވެ.

    2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ކުރަމުންދާ މިފަދަ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ދޮގުކުރެއެވެ. އަދި މި ތަހުގީގުތަކަކީ ސިޔާސީ މަގުސަދެއްގައި ހިންގާ ކަންތައްތަކެއް ކަމަށް އިދިކޮޅުން ބުނާއިރު، ސަރުކާރުން ބުނަނީ ޝަރުއީ ދާއިރާއަކީ މިނިވަން މުއައްސަސާއެއް ކަމަށެވެ.

                        

    ]]>
    Wed, 29 Jul 2026 11:36:45 +0500 ނިއުސް ޑެސްކް
    ބިންހެލުމުގައި ނިއުކްލިއަރ ޕްލާންޓަކަށް ގެއްލުމެއްނުވޭ https://heerasnews.com/4451 https://heerasnews.com/4451 ޖަޕާނުގެ ދެކުނުގެ ކިއުޝޫ ސަރަހައްދަށް އަންގާރަ ދުވަހުއައި ބިންހެލުމުގައި ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޓަރ ބުނެއެވެ. ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުން އައި ސަރަހައްދާ ކައިރީގައި ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކެއް ހުރި ނަމަވެސް އެއިން އެއްވެސް ޕްލާންޓަކަށް ގެއްލުމެއް ލިބިފައި ނުވާކަން ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޓަރީ އިދާރާއިން ކަށަވަރު ކޮށްދޭއިރު ކަމާބެހޭ އިދާރާތަކުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. 

    ޖަޕާނަށް މި އައި ބިންހެލުމާ ގުޅިގެން ކިއުޝޫ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތާއި ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާފައިވާއިރު، ސުނާމީގެ އިންޒާރާއި އިތުރު ބިންހެލުންތަކެއް އަތުވެދާނެކަމުގެ އިންޒާރު ވެސް ދިނެވެ.

    ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް 40000 ގޭބިސީން ކަރަންޓުގެ ހިދުމަތް ކެނޑިފައިވެއެވެ. ބާރުދުވެލީގައި ދުއްވާ ބުލެޓް ރޭލުތަކާއެކު ރޭލުގެ ހިދުމަތްތައް ވެސް މެދުކަނޑުނެވެ. އެއް މީޓަރ އުސްމިނުގައި ސުނާމީގެ ރާޅެއް އަރާފާނެ ކަމަށް ލަފާކޮށް ސުނާމީގެ އިންޒާރުވެސް ނެރުނެވެ.

    ކިއުޝޫ އައިލެންޑްގެ ބައެއް ސަރަހައްދުތަކަށް ކުއްލި ނުރައްކަލުގެ އިންޒާރު އޮތީ ނެރެފައެވެ. މީގެ ތެރޭގައި ކުމަމޯޓޯ، ނަގަސާކީ، ކަގޯޝިމާ، ފުކުއޯކާ، ސާގާ، އޮއިޓާ އަދި މިޔަޒާކީ ހިމެނެއެވެ.

    ކިއުޝޫ ސަރަހައްދަކީ ދުނިޔޭގެ ނަން މަޝްހޫރު ސޮނީ އަދި ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިންގ ކޮމްޕެނީ (ޓީ.އެސް.އެމް.ސީ) ފަދަ ކުންފުނިތަކުގެ ފެކްޓްރީތައް ހުންނަ ސަރަހައްދަކަށް ވުމުން، އެ ކުންފުނިތަކުން ދަނީ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރަމުންނެވެ.

    އަނެއްކޮޅުން އިތުރު ބިންހެލުންތަކެއް އަތުވެދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ސަމާލުވެ ތިބުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

    ]]>
    Wed, 29 Jul 2026 11:12:50 +0500 ނާއިރާ
    މުޒާހަރާއަށް ބަޑިޖެހި ފުލުސްމީހާ ސަސްޕެންޑްކޮށްފި https://heerasnews.com/4443 https://heerasnews.com/4443 އިންޑިއާގެ ބިހާރު ސްޓޭޓުގައި މުޒާހަރާކުރަމުންދިޔަ ދަރިވަރުންތަކަކާ ދިމާލަށް އޭކޭ-47 ބަޑިން ހަމަލާދިން ފުލުހަކު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޒުވާނުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާ ތެރެއިންނެވެ.

    މައްސަލަ މިހާރު ވަނީ އިންޑިއާގެ ޕާލަމަންޓަށްވެސް ހުށަހެޅިފައެވެ. އަދި އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ފުރުސަތު އެގައުމުގައި ހަނިވަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

    ބިހާރު ސްޓޭޓުގައި ދަރިވަރުން ކުރި މުޒާހަރާ ރޫޅާލުމަށްޓަކައި، ފުލުހަކު ވަނީ އޭސޯލްޓް ރައިފަލެއް ބޭނުންކޮށްގެން ވައިގެ ތެރެއަށް ބަޑިޖަހާފައެވެ. އިންޑިއާގެ ތައުލީމީ ވަޒީރު އިސްތިއުފާ ދެއްވަން މަޖުބޫރުވި މި މުޒާހަރާތަކުގައި ފުލުހުން ދިޔައީ ދަރިވަރުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަމުންނެވެ. މީގެ ތެރޭގައި ދަރިވަރުންގެ ގައިގައި މުގުރާއި ދަނޑިން ތެޅުމާއި، ކަރުނަގޭސް ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

    ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިހާރުގެ ސިވާން ސިޓީގައި ހިނގި މި ހާދިސާގައި ފުލުހަކު ވަނީ ދަރިވަރުންނާ ދިމާލަށް އޭކޭ-47 ބަޑި ދިއްކޮށް، މަދުވެގެން ތިން ފަހަރު ވައިގެ ތެރެއަށް ބަޑިޖަހާފައެވެ. ބިހާރު ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ނީލޭޝް ކުމާރު ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް، ދަރިވަރުންނާ ދެކޮޅަށް މިފަދަ ހަތިޔާރެއް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ އޮފިސަރު ސަސްޕެންޑްކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

    ކޮކްރޯޗް މުޒާހަރާތައް ފެށުނީ މިދިޔަ މެއި މަހު ބޭއްވި މެޑިކަލް ކޮލެޖްތަކަށް ވަނުމަށްދޭ ގައުމީ އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ޒުވާނުންގެ މެދުގައި އޮތް ވަޒީފާ ނެތުމުގެ ބިރާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރުވެސް މި މުޒާހަރާތަކުގެ ފަހަތުގައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މުޒާހަރާތައް ވަރުގަދަވުމުގެ ސަބަބުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ތައުލީމީ ވަޒީރު ވަނީ މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވާފައެވެ.

    އިދިކޮޅު ލީޑަރު މަލިކާރުޖުން ހަރްގޭ ޕާލަމަންޓުގައި ވިދާޅުވީ، މިއީ އިންޑިއާގެ ދިމިގްރާތީ ތާރީހުގައި ފެނިގެންދިޔަ އެންމެ ހިތާމަވެރި އެއް ހާދިސާ ކަމަށާއި، ހައްގުތަކަށް އަޑުއުފުލާ ދަރިވަރުންނާ މެދު ކުށްވެރިންނާ މެދު އަމަލުކުރާ ފަދައިން އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

    ފުލުހުންގެ އަމަލުތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އުއްޖަލް ބުޔާން ވިދާޅުވީ، އިންޑިއާގައި ތަފާތު ހިޔާލުތައް ފާޅުކުރުމަށް އޮތް ޖާގަ ހަނިވަމުންދާ ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު މުޒާހަރާކުރުމާއި ހިޔާލުފާޅުކުރުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

    ]]>
    Mon, 27 Jul 2026 18:35:35 +0500 ނިއުސް ޑެސްކް
    ޑީފޯވްޑީ މަރާލި ކުޑަކުއްޖާ ބަލިވެ އިނދެ ދަރިވައްޓާލި https://heerasnews.com/4435 https://heerasnews.com/4435 ސަމާލުކަމަށް: ލިޔުމުގައި ހިމެނޭ ބައެއް ތަފުސީލުތަކަކީ ކިޔުންތެރިންނަށް ނުތަނަވަސްކަން އިހުސާސްކުރެވިދާނެ ފަދަ ވާހަކަތަކެކެވެ.

    ލަވަކިޔުންތެރިޔާ "ޑީފޯވްޑީ" އަށް ތުހުމަތުކުރެވޭ، އުމުރުން 14 އަހަރުގެ ސެލެސްޓޭ ރިވާސް ހެނާންޑޭޒް މަރާލި މައްސަލައިގައި، އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވިފައިވާ މެސެޖުތަކުން އެ އަންހެން ކުއްޖާ މަރުވުމުގެ ކުރިން ބަލިވެއިނދެ، ދަރިވައްޓާލާފައިވާކަން ހާމަވެއްޖެއެވެ.

    ޑޭވިޑް އެންތަނީ ބާކް (ޑީފޯވްޑީގެ އަސްލު ނަން) ގެ މައްޗަށް މިދިޔަ އަހަރު ހިނގި އެ ކުއްޖާގެ މަރުގެ މައްސަލައިގައި ޝަރީއަތް ކުރިއަށް ގެންދާނެތޯ ނިންމުމަށް ބޭއްވި އަޑުއެހުމެއްގައި މި މެސެޖުތައް ވަނީ ހުށަހަޅާފައެވެ.

    ދައުވާކުރާ ފަރާތުން ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރުގެ ޖޫން މަހު ސެލެސްޓޭ ވަނީ ބާކްއަށް މެސެޖެއް ފޮނުވާފައެވެ. އެ މެސެޖުގައި އޭނާ ސުވާލުކޮށްފައިވަނީ، ފުރަތަމަ ފަހަރު ދަރިވައްޓާލުމަށް ކުރި މަސައްކަތް ކާމިޔާބު ނުވިނަމަ ދެން ވާނީ ކިހިނެއްތޯއެވެ. އެ ދުވަސްވަރު ސެލެސްޓޭގެ އުމުރަކީ 13 އަހަރެވެ. ބާކްގެ އުމުރަކީ 19 އަހަރެވެ.

    ދައުލަތުގެ ވަކީލުން ބުނާ ގޮތުގައި، ބާކް އެ ކުއްޖާ މަރާލީ، އޭނާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން ހާމަކޮށް، އޭނާގެ މިއުޒިކީ ކެރިއަރު ހަލާކުކޮށްލާނެ ކަމަށް ބުނެ ސެލެސްޓޭ އިންޒާރު ދިނުމާ ގުޅިގެންނެވެ. ނަމަވެސް ބާކް ވަނީ މަރުގެ ދައުވާ އާއި ޖިންސީ ގޯނާގެ ދައުވާއަށް އިންކާރުކޮށްފައެވެ.

    މިދިޔަ ހުކުރު ދުވަހު ލޮސް އެންޖެލިސްގެ ކޯޓުގައި ދެއްކި މެސެޖުތަކުގެ ތެރޭގައި، 2024 ޖެނުއަރީގައި ބާކް އެ ކުއްޖާއަށް މައާފަށް އެދި ފޮނުވި މެސެޖެއް ހިމެނެއެވެ. އެއަށް ޖަވާބު ދެމުން ސެލެސްޓޭ ބުނެފައިވަނީ، ދަރިއަކު ބެލުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި ނެތް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ދަރިވައްޓާލުން ކަމަށެވެ.

    ކޯޓަށް ހުށަހެޅި އައިކްލައުޑް ގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ދެމީހުންގެ މެދުގައި މުއާމަލާތްތައް ފެށިފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެއީ ސެލެސްޓޭގެ އުމުރުން އެންމެ 11 އަހަރުގައެވެ. އަދި ބާކްގެ ފޯނުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ފުލުހުންނަށް ވަނީ ފެނިފައެވެ.

    މި މައްސަލައިގެ ހެކިބަސް ދެމުން ޑޮކްޓަރުން ބުނެފައިވަނީ، ސެލެސްޓޭގެ ހަށިގަނޑު ފެނުނުއިރު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުގެ ސަބަބުން، އޭނާ މަރުވި ސީދާ ވަގުތު ދެނެގަތުމަކީ އިންތިހާއަށް އުނދަގޫ ކަމެއް ކަމަށެވެ.

    ޓިކްޓޮކް މެދުވެރިކޮށް ދުނިޔެއަށް މަޝްހޫރުވި ބާކް ހައްޔަރުކުރީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމާއި، ކުޑަކުއްޖަކަށް މެދުނުކެނޑި ޖިންސީ ގޯނާކުރުމާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުން ހިމެނެއެވެ.

    ފުލުހުން ބުނާ ގޮތުގައި ސެލެސްޓޭގެ ހަށިގަނޑު ފެނުނީ ބާކްގެ "ޓެސްލާ" ކާރުގެ ކުރީގެ ބޮނެޓް ތެރެއިންނެވެ. އޭރު އޭނާގެ ހަށިގަނޑު އޮތީ ބުރިބުރިކޮށް، ކޮތަޅުތަކަކަށް އަޅާފައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި ބާކް ވަނީ މީހަކު މަރާލުމަށްފަހު ބޭނުންކުރާނެ ސާމާނު ކަމަށްވާ ހަށިގަނޑު އަޅާ ކޮތަޅާއި، ކަރަންޓު ކީހާއި، ބިން ކޮންނަ އުދެލި ފަދަ ތަކެތި އޮންލައިންކޮށް ގަނެފައެވެ.

    ކޯޓުގައި މި މައްސަލައިގެ ބިރުވެރި ފޮޓޯތަކާއި ތަފުސީލުތައް ހާމަކުރަމުން ދިޔައިރު، ސެލެސްޓޭގެ މައިންބަފައިން ތިބީ ވަރަށް ބޮޑަށް ދެރަވެފައެވެ. އެމީހުންގެ ވަކީލު ބުނި ގޮތުގައި، މިއީ އެއްވެސް މައިންބަފައިންނަކަށް ތަހައްމަލު ކުރެވޭނެ ފަދަ ކަމެއް ނޫނެވެ.

    މި މައްސަލައިގެ އިތުރު އަޑުއެހުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެއެވެ. ދައުލަތުން މަސައްކަތް ކުރަމުންދަނީ މި މައްސަލައަކީ ޖޫރީއަކާ ހަމައަށް ގެންދެވޭނެ ފަދަ އެކަށީގެންވާ ހެކި ހުރި މައްސަލައެއްކަން ސާބިތުކޮށްދިނުމަށެވެ.

    ]]>
    Sat, 25 Jul 2026 17:39:19 +0500 ނިއުސް ޑެސްކް
    ޕްރެޝަރަށް ކެތްނުވެގެން ވަޒީރު އިސްތިއުފާދީފި https://heerasnews.com/4434 https://heerasnews.com/4434 އިންޑިއާގެ ތައުލީމީ ވުޒާރާއާ ބެހޭ ވަޒީރު ދަރުމެންދުރާ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އިމްތިހާންތަކުގެ ކަރުދާސްތައް ލީކުވުމާއި، އިމްތިހާން ހެދުމުގައި ހިނގި ބޮޑެތި އޮޅުވާލުންތަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުރި މުޒާހަރާތަކަށް ފަހުގައެވެ.

    މުޒާހަރާތައް އިސްވެ ހިންގާފައިވަނީ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) އިންނެވެ. މިއީ ސިޔާސީ ގޮތުން ރަޖިސްޓްރީވެފައިވާ ޕާޓީއެއް ނޫން ނަމަވެސް، މަލާމާތުގެ ގޮތުގައި ފެށި ހަރަކާތް ފަހުން ވަނީ މުޅި ގައުމަށް ފެތުރިގެން ދިޔަ ވަރުގަދަ ހަރަކާތަކަށް ބަދަލުވެފައެވެ.

    މިއީ ފަހުގެ ތާރީހެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް ކުރި އެންމެ ބޮޑު އެއް މުޒާހަރާއެވެ. މި ހަރަކާތުގައި ހާސްހާހުން މީހުން ދިއްލީގައި ކޭމްޕް ޖަހައިގެން ތިބިއިރު، މުޅި އިންޑިއަށް މި އިހުތިޖާޖުތައް ވަނީ ފުޅާވެފައެވެ.

    ކުރަފި ހަރަކާތަށް އިތުރު ބާރެއް ލިބިގެންދިޔައީ، އިޖުތިމާޢީ ހަރަކާތްތެރިޔާ ސޯނަމް ވަންގްޗުކް ބާރުގެ ބޭނުންކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ހާދިސާއަށް ފަހުގައެވެ. އޭނާ ކުރަމުންދިޔަ 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު މިދިޔަ ހުކުރު ދުވަހު ވަނީ ނިންމާލާފައެވެ. އަނެއްކޮޅުން ކޮކްރޯޗް ހަރަކާތުގައި ގާނޫނު ހަދާ މަޖިލީހާ ދިމާލަށް ހިނގާލުމުން ދިޔަ މީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުން، އާންމުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ނުރުހުން އުފެދިފައެވެ.

    "ކޮކްރޯޗް" ނުވަތަ ކުރަފީގެ ނަން މި ހަރަކާތަށް ދީފައިވަނީ، މަތީ ފަންތީގެ ފަނޑިޔާރަކު ވަޒީފާނެތް ޒުވާނުންނަށް ނިސްބަތްކޮށް އެ ލަފުޒު ބޭނުންކުރުމުންނެވެ. މުޒާހަރާގެ ބައިވެރިން އެ ލަފުޒު ބޭނުންކުރަން ފެށީ ސަރުކާރުގެ ފިއްތުންތަކާ ދެކޮޅަށް އެމީހުންގެ އޮތް ސާބިތުކަމާއި ނުގުޑާ އަޒުމް ދެއްކުމުގެ ރަމްޒެއްގެ ގޮތުގައެވެ.

    އިންޑިއާގެ އިދިކޮޅު ލީޑަރުން ވަނީ ވަޒީރު ޕްރަދާންގެ އިސްތިއުފާއަށް މަރުޙަބާ ކިޔާފައެވެ. އަދި މިއީ ޒުވާނުން އިސްވެ ތިބެ ކުރި މުޒާހަރާތަކަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

    ކޮންގްރެސް ޕާޓީގެ ރައީސް މައްލިކާރުޖުން ހަރްގޭ ވިދާޅުވީ، މިއީ މުޅި ގައުމުގެ ތަޢުލީމީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި މަގުމައްޗަށް ނުކުތް އެތައް މިލިއަން ޒުވާނުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ތަޖުރިބާކާރު ސިޔާސީ ޝަޚުސިއްޔަތެއް ކަމަށްވާ ޝަރަދު ޕަވާރު ވިދާޅުވި ގޮތުގައި، މިއީ ޒުވާނުންގެ އެކުވެރި ބާރުން ހޯދި ބޮޑު ކާމިޔާބީއެކެވެ. އޭނާ "އެކްސް" ގައި ލިޔުއްވާފައިވަނީ، ބިރުދެއްކުމާއި ބޭއިންސާފުގެ ކުރިމަތީގައި ޒުވާނުން ސާބިތުކަމާއެކު ތިބެ، ސަރުކާރުގެ އަހުލާގީ ޒިންމާ އުފުލަން މަޖުބޫރުކުރުވުމަކީ ޑިމޮކްރަސީގެ ބާރު ފެނިގެންދިޔަ ކަމެއް ކަމަށެވެ. 

    ސަމާޖުވާދީ ޕާޓީގެ ލީޑަރު އަހިލޭޝް ޔާދަވް ވިދާޅުވީ މިއީ ޒުވާނުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ހަމަ އެހެން މިއީ ކުރިމަގުގައި އިމްތިހާންގެ ނިޒާމު ހަރުދަނާކޮށް، ކަރުދާސް ލީކުވުން ހުއްޓުވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ލިބުނު ފިލާވަޅެއް ކަމަށެވެ. އާމް އާދްމީ ޕާޓީގެ ލީޑަރު އަރްވިންދު ކެޖްރިވާލް ވެސް ވަނީ މިއީ ޑިމޮކްރަސީއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

    އިޖުތިމާއީ ހަރަކާތްތެރިޔާ ސޯނަމް ވަންގްޗުކް، ސީ.ޖޭ.ޕީ އަށް ތާއީދުކޮށް 26 ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރުމަށްފަހު، ވަޒީރުގެ އިސްތިއުފާއަށް މަރުޙަބާ ކިޔަމުން ބުނީ މިއީ "ޑިމޮކްރަސީގެ ކާމިޔާބީއެއް" ކަމަށެވެ. އޭނާ ވަނީ ޒުވާނުންނާއި މުޅި ގައުމުގެ ރައްޔިތުން ބިރުފަހަނައަޅައި ތެދުވީތީ މަރުޙަބާ ކިޔާފައެވެ. ހަޅުތާލު ނިންމާލުމަށްފަހު އޭނާ ބުނީ، މިހާރު މިއީ ޒިންމާދާރުކުރުވުމަށްފަހު އިސްލާހީ ބަދަލުތައް ގެންނަންވީ ވަގުތު ކަމަށެވެ. 

    ]]>
    Sat, 25 Jul 2026 16:24:05 +0500 ނިއުސް ޑެސްކް
    34 ތުއްތު ކުދިން ވަގަށްނަގާ ވިއްކާލައިފި https://heerasnews.com/4433 https://heerasnews.com/4433 އިންޑޮނޭޝިއާގެ ތުއްތު ކުދިންތަކެއް ސިންގަޕޫރަށް ވަގަށް ވިއްކާލި މައްސަލައެއްގައި، އެ ކުދިންނަށް ދެން ވާނީ ކިހިނެއްތޯ ސުވާލު އުފެދިއްޖެއެވެ.

    މިދިޔަ އަންގާރަ ދުވަހު އިންޑޮނޭޝިއާގެ ކޯޓަކުން ވަނީ ތުއްތު ކުދިން ވަގަށް ނަގައި ވިއްކާލި މައްސަލައެއްގައި 19 މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފައެވެ. މިއީ ވަރަށް ބޮޑަށް ސަމާލުކަން ހުއްޓުނު މައްސަލައެއް ނަމަވެސް، މި މައްސަލައިގައި އެންމެ މުހިންމު ސުވާލަށް އަދިވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

    މި ޖަރީމާ ހިންގި ގްރޫޕުން މަދުވެގެން 34 ކުދިން ހޯދައި، އެކުދިން އެޑޮޕްޓްކުރުމަށްޓަކައި ވިއްކާލާފައިވާކަން ވަނީ ސާބިތުވެފައެވެ. މީގެ ތެރެއިން ގިނަ ކުދިން ފޮނުވާލާފައިވަނީ ސިންގަޕޫރަށެވެ. އޭގެތެރެއިން މަދުވެގެން 12 ކުއްޖަކު މިހާރުވެސް ތިބީ ސިންގަޕޫރުގައެވެ.

    މި މައްސަލައިގެ ހުކުމާއެކު، ސިންގަޕޫރުގައި ތިބި ކުދިންނަށް ވާނީ ކިހިނެއްތޯ ކުރެވޭ ސުވާލު ވަނީ އިތުރަށް ގަދަވެފައެވެ. އެ ކުދިން އަނބުރާ އިންޑޮނޭޝިއާއަށް ފޮނުވާލަންވީ ހެއްޔެވެ؟ އަދި އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

    މިއީ ސިންގަޕޫރުގައި އެ ކުދިން ބަލަހައްޓަމުންދާ ފަރާތްތަކުގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުމެވެ. މަސްތަކެއް ވަންދެން އެމީހުން ތިބީ އެކުދިން އެމީހުންގެ ގާތުގައި ބޭތިއްބޭނެކަން ނުވަތަ ނޫންކަން ނޭނގި ބިރުވެރިކަމެއްގެ ތެރޭގައެވެ.

    ހުކުމަށްފަހު ސިންގަޕޫރުގެ ބެލެނިވެރިއެއް ކަމަށްވާ "ޑޭވިޑް" (އަސްލު ނަމެއް ނޫން) ބުނިގޮތުގައި، ދެ ގައުމުގެ ސަރުކާރުން މިކަމުގައި އަވަސް ނިންމުމެއް ނިންމުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ. "މިހާރު މައްސަލަ ނިމިފައިވާއިރު، އަޅުގަނޑުމެންގެ ދަރިފުޅަށް ދެން ވާނީ ކިހިނެއްތޯ؟ ވޭތުވެދިޔަ އަހަރެއްހާ ދުވަހު އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި،" އޭނާ ބުންޏެވެ.

    ޑޭވިޑާއި އޭނާގެ އަންހެނުން އެލީ ބުނިގޮތުގައި، އެމީހުން އެޑޮޕްޓްކުރި ކުއްޖަކީ ވަގަށް ނަގައިގެން ގެނައި ކުއްޖެއްކަމުގެ އެއްވެސް މައުލޫމާތެއް އެމީހުންނަށް ލިބިފައެއް ނުވެއެވެ. އަދި ސިންގަޕޫރު ސަރުކާރުން ކުރިއަށްގެންދިޔަ ހުރިހާ ޗެކްތަކަކުންވެސް އެކަން ފާހަގަވެފައި ނުވާތީ، އެމީހުން ތިބީ އެއީ ގާނޫނީގޮތުން ރަނގަޅު މުއާމަލާތެއް ކަމަށް ގަބޫލުކޮށްގެންނެވެ.

    އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މިކަމުގައި ކުދިންގެ ގާނޫނީ ހާލަތާއި، އަސްލު މައިންބަފައިންގެ މައުލޫމާތު ދެނެގަތުން ފަދަ ގިނަ ކަންތައްތަކެއް އިތުރަށް ބަލަންޖެހޭ ކަމަށެވެ. އަދި ސިންގަޕޫރުގެ ކަމާބެހޭ މިނިސްޓްރީތަކުން ބުނެފައިވަނީ، މި މައްސަލައިގައި ކޯޓުން ގޮތެއް ނިންމާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ކުދިންގެ މަސްލަހަތަށް ކަމަށެވެ.

    އިންޑޮނޭޝިއާގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާގޮތުގައި، އުސޫލެއްގެ ގޮތުން އެ ކުދިން އަނބުރާ އެކުދިންގެ އަސްލު މައިންބަފައިންނާ ހަވާލުކުރަންޖެހެއެވެ. ނަމަވެސް، ބައެއް ކުދިންގެ އަސްލު މައިންބަފައިން ދެނެގަނެވިފައި ނުވުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

    ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ސިންގަޕޫރުގައި ނިންމާފައިވާ އެޑޮޕްޝަން ހުކުމެއް ބާތިލުކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ކޯޓުން މިކަމުގައި ގޮތެއް ނިންމާއިރު، ކުއްޖާ މިހާރު ހުރި އާއިލާއާ ދުރުކުރުމުން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާނެ އަސަރާއި، އިންޑޮނޭޝިއާގައި އެކުދިންނަށް ލިބޭނެ ދިރިއުޅުމުގެ ހާލަތަށްވެސް ބަލާނެއެވެ.

    މި މައްސަލައިގައި އަދިވެސް ވަކި ގޮތެއް ނުނިމި އޮތްއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ އަސްލު މައިންބަފައިން ނޭނގޭ ކުދިން އަނބުރާ ފޮނުވާލައިފިނަމަ، އެކުދިން ދިރިއުޅެން ޖެހޭނީ އިންޑޮނޭޝިއާގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުންނަ މަރުކަޒުތަކުގައި ކަމަށްވުމެވެ. އެހެންކަމުން، މި ނާޒުކު މައްސަލައިގައި ކުދިންގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ނިންމުމަކީ ދެ ގައުމުގެ ސަރުކާރަށްވެސް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ.

    ]]>
    Sat, 25 Jul 2026 14:38:56 +0500 ނިއުސް ޑެސްކް
    ވަރިކުރިފުޅަށް 644 މިލިޔަން ޑޮލަރ ދިނުމަށް ހުކުމެއް https://heerasnews.com/4430 https://heerasnews.com/4430 ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި އެސް.ކޭ ގްރޫޕްގެ ޗެއާމަން، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް 944 ބިލިއަން ވޮން (ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު) ދިނުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ. މި މައްސަލައަކީ އެ ގައުމުގެ މީޑިއާތަކުން "ގަރުނުގެ ވަރި" ގެ ގޮތުގައި ސިފަކޮށްފައިވާ މައްސަލައެކެވެ.

    މުޅިން ނިމުމަކަށް އަދި ނާންނަ މި ނިންމުމަކީ، 2024 ވަނަ އަހަރު ޗެއާރމަން ޗޭ ތޭ-ވޮން، ރޯ ސޯ-ޔޮންގް އަށް ދައްކަންޖެހޭނެ ކަމަށް ކުރިން ކަނޑައެޅި 1.38 ޓްރިލިއަން ވޮންއަށްވުރެ ކުޑަ އަދަދެކެވެ. މި މައްސަލަ އުފެދިފައިވަނީ ކުރީގެ ރައީސެއްގެ ދަރިކަނބަލުން ކަމަށްވާ ރޯ އާއެކު ޗޭ ކުރި ކައިވެނި ރޫޅުނުތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ކައިވެނި ރޫޅެން ދިމާވީ އެހެން އަންހެނަކަށް ޗޭގެ ދަރިއަކު ހުންނަކަން ހާމަވުމާ ގުޅިގެންނެވެ.

    އެސް.ކޭ ގްރޫޕަކީ މަޝްހޫރު އެންވީޑިއާ ކުންފުންޏަށް ބޭނުންވާ ޗިޕްތައް ފޯރުކޮށްދޭ ސެމީކޮންޑަކްޓަރު އުފައްދާ ބޮޑު ކުންފުނި އެސް.ކޭ ހައިނިކްސް ހިންގާ ފަރާތެވެ. އެ ކުންފުންޏަކީ ދާދިފަހުން އެމެރިކާގެ ހިއްސާގެ ބާޒާރުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކުންފުންޏެކެވެ.

    ޗޭގެ ވަކީލުން ވިދާޅުވީ، މި ވަރީގެ މައްސަލައިގެ ސަބަބުން ގިނަ ބަޔަކަށް ކަންބޮޑުވުންތަކެއް ކުރިމަތިވެފައިވާތީ ޗެއާރމަން ޗޭ ތޭ-ވޮން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ. އަދި ކޯޓުގެ ހުކުމް ފުރިހަމައަށް ދިރާސާކުރުމަށްފަހު، އެ ހުކުމާ ގުޅޭގޮތުން ވަކި ޖަވާބެއް ދޭނެ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

    އެސް.ކޭ ގްރޫޕަކީ ދެކުނު ކޮރެއާގެ އިގްތިސާދު ކޮންޓްރޯލްކުރާ އާއިލީ ވިޔަފާރިތައް ނުވަތަ "ޗޭބޯލް" ތަކުގެ ތެރޭގައި ހިމެނޭ ނުފޫޒުގަދަ ކުންފުންޏެކެވެ. ކޯޓުގެ މި ނިންމުން އައިސްފައިވަނީ 35 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު ރޯ އާއި ޗޭގެ މުދާ ބަހާނެ ގޮތަކާ މެދު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުއެވެ.

    2024 ވަނަ އަހަރު ބޭއްވި ފުރަތަމަ ޝަރީއަތުގައި، ރޯގެ ގާނޫނީ ޓީމުން ވަނީ ޗޭގެ ވިޔަފާރި ކުރިއެރުވުމުގައި ރޯގެ ބައްޕަ، އަދި 1988 އިން 1993 އަށް އެ ގައުމުގެ ރައީސްކަން ކުރެއްވި ރޯ ތޭ-ވޫ ގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ސާބިތުކޮށްދީފައެވެ. އެގޮތުން 1991 ވަނަ އަހަރު ރައީސް ރޯގެ ސިއްރު ފަންޑުން 30 ބިލިއަން ކޮރެއަން ވޮން ޗޭއަށް ދީފައިވާކަން ކޯޓަށް ސާބިތުވުމާ ގުޅިގެން، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް 1.38 ޓްރިލިއަން ވޮން ދެއްކުމަށް އޭރު އަމުރުކުރިއެވެ.

    ނަމަވެސް، މިދިޔަ އަހަރު ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލްކުރީ، އެ ފައިސާއަކީ ގައިރު ގާނޫނީ ގޮތެއްގައި ހޯދާފައިވާ ފައިސާއަކަށް ވާތީ، އެއީ ދެމަފިރިންގެ މިލްކިއްޔާތުގެ ބައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ކަނޑައަޅަމުންނެވެ.

    މި މައްސަލައަކީ ދެކުނު ކޮރެއާގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ މައްސަލައެކެވެ.

    1953 ވަނަ އަހަރު ފޭރާން އުފައްދާ ކުންފުންޏެއްގެ ގޮތުގައި ފެށި އެސް.ކޭ ގްރޫޕް ވަނީ ވަރަށް އަވަސް ދުވަސްކޮޅެއްގެ ތެރޭގައި އެކި ދާއިރާތަކަށް ފުޅާވެ، ގައުމުގެ އެންމެ ބޮޑު އެއް ކުންފުންޏަށް ވެފައެވެ. މިއަދު އެއީ ސެމްސަންގް ގްރޫޕަށް ފަހު އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރިއެވެ. ދެކުނު ކޮރެއާގެ ގިނަ ރައްޔިތުން ބޭނުންކުރަނީ އެސް.ކޭ ޓެލެކޮމްގެ ފޯނު ހިދުމަތްތަކާއި އެސް.ކޭ ޕެޓްރޯލް ޝެޑްތަކުގެ ތެލެވެ.

    އެސް.ކޭ ގްރޫޕަށް ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ، އާޓިފިޝަލް އިންޓެލިޖެންސް ގެ ކުރިއެރުމާއެކު އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ އެސް.ކޭ ހައިނިކްސްގެ މަގުބޫލުކަން އިތުރުވުމުންނެވެ. މިދިޔަ މެއި މަހު އެ ކުންފުނީގެ އަގު ދެކުނު ކޮރެއާގެ ހިއްސާގެ ބާޒާރުގައި 1 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވެއެވެ.

    އެސް.ކޭ ހައިނިކްސްގެ އަގު އުފުލިގެން ދިއުމާއެކު، އެސް.ކޭ ގްރޫޕާއި އެ ކުންފުނީގެ ޗެއާރމަން ޗޭގެ ގަދަރުވެސް ވަނީ އުފުލިފައެވެ. މިދިޔަ މަހު އާޓިފިޝަލް އިންޓެލިޖެންސް އިންވެސްޓްމަންޓް ޕްލޭނެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ލީ ޖޭ މިއުންގް ވަނީ ޗޭ އަދި ސެމްސަންގްގެ ޗެއާމަން ޖޭ.ވައި ލީ އަށް ތައުރީފުކުރައްވައި، އެ ދެ ބޭފުޅުންނަކީ "ކޮރެއާގެ ރައްޔިތުންގެ ބަތަލުން" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

    ]]>
    Fri, 24 Jul 2026 19:32:47 +0500 ނިއުސް ޑެސްކް
    2300 އަށްވުރެ ގިނަ ޔަހޫދީން އަލް&އަގްސާ މިސްކިތަށް ވަދެގެންފި https://heerasnews.com/4428 https://heerasnews.com/4428 ޔަހޫދީންގެ ދީނީ ދުވަހެއް ކަމަށްވާ 'ތީޝާ ބިއާވް' ފާހަގަކުރުމުގެ ގޮތުން، އިސްރާއީލުގެ 2300 އަށްވުރެ ގިނަ މީހުންނާއެކު ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން އަލް-އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގެންފައިވާ ކަމަށް ފަލަސްޠީނުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ. އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް-އަގްސާ އަށް މި އަހަރުގެ ތެރޭގައި އެ ފަދަ ގޮތަކަށް އެންމެ ބޮޑަށް ވަދެގަތް އެއް ފަހަރަކަށް މިފަހަރު ވާނެއެވެ.

    މުސްލިމުންގެ މުގައްދަސް ބިމެއް ކަމުގައިވާ އަލް-އަގުސާ މިސްކިތުގެ ގޯތިތެރެއަށް، އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރް ވެސް ވަނެވެ. އޭނާވަނީ ފުލުހުންގެ ވަރުގަދަ ހިމާޔަތުގެ ދަށުންނެވެ.

    ޔަހޫދީން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ކުރީގެ ފައްޅިތައް ހުރި އެ ބިމަށް ވަދެގަތީ، އެ ފައްޅިތައް ސުންނާފަތިވީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

    ގުދުސް ހިންގާ ފަލަސްތީނު އިދާރާއިން ހާމަކުރި ގޮތުގައި، އިރުއޮއްސުމާ ހަމައަށް އެ ސަރަޙައްދަށް ވަންނަ އިސްރާއީލީންގެ އަދަދު 5،000 އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ރެކޯޑް މިންވަރެކެވެ.

    ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ސިފައިން ވަނީ މިސްކިތުގެ ދޮރުތަކުގައި ވަރުގަދަ ހުރަސްތަކެއް ކުރިމަތިކޮށް، ފަލަސްޠީނުގެ ގިނަ އަދަދެއްގެ އަޅުވެރިންނާއި ދަރިވަރުން މިސްކިތަށް ވަނުން ހުއްޓުވާފައެވެ. އަދި ބައެއް އަޅުވެރިންނަށް އަނިޔާކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

    އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގުދުސްގެ ބޭރު ސަރަޙައްދުތަކުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ފިޔަވައި އެހެން އެންމެން އަލް-އަގްސާ ގޯތިތެރެއަށް ވަނުން މަނާކުރުމާއި، ޗެކްޕޮއިންޓްތައް ވަރުގަދަކުރުން ހިމެނެއެވެ.

    ޔަހޫދީން ވަނީ މިސްކިތުގެ ގޯތިތެރޭގައި ސަޖިދަކުރުމާއި، ލަވަކިޔުމާއި، ދުއާކުރުން ފަދަ ޔަހޫދީ ދީނީ ކަންތައްތަކެއް ހިންގާފައެވެ. އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، ފުލުހުން ވަނީ 1000 އަށްވުރެ ގިނަ ޔަހޫދީންނަށް އެ ސަރަޙައްދުގައި އަޅުކަން ކުރުމުގެ ފުރުސަތު ދީފައެވެ. މިއީ 1967 ވަނަ އަހަރުގެ އެއްބަސްވުމާ ހިލާފު ކަމެކެވެ. އެ އެއްބަސްވުމުގެ ދަށުން، މުސްލިމް ނޫން މީހުންނަށް އެތަނަށް ޒިޔާރަތް ކުރެވުނު ނަމަވެސް އަޅުކަން ކުރުން މަނަލެވެ.

    އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން-ގްވީރް ބުނި ގޮތުގައި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ޔަހޫދީންނަށް އެއީ އެމީހުންގެ އަމިއްލަ ތަނެއްގެ އިހުސާސް ކުރެވެއެވެ. އަދި އެތަނުގައި ހޯދެމުންދާ "ކުރިއެރުންތަކަށް" އޭނާ ވަނީ ތައުރީފުކޮށްފައެވެ.

    ފަލަސްތީނުގެ އިދާރާތަކުން ބެން-ގްވީރްގެ މި ޢަމަލު ސިފަކުރީ ވަރަށް ނުރައްކާތެރި ހަމަނުޖެހުމެއްގެ ފެށުމެއްގެ ގޮތުގައެވެ. އަދި މިއީ އެ ސަރަޙައްދުގައި ޔަހޫދީ ފައްޅިއެއް ބިނާކުރުމަށް ވަކާލާތުކުރާ ޖަމާއަތްތަކަށް އިސްރާއީލު ސަރުކާރުން ދޭ ރަސްމީ އެއްބާރުލުމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

    ފަލަސްތީނުގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސް އެންޑް ރިލިޖަސް އެފެއާޒްއިން ވަނީ، މި އަމަލުތަކަކީ އެ ބިމުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް ހިންގާ ނުރައްކާތެރި އުދުވާނެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި އިސްރާއީލުގެ މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.

    އިސްރާއީލުން އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރުގެ އަރަބި-އިސްރާއީލު ހަނގުރާމައިގައެވެ. އަދި 1980 ވަނަ އަހަރު އެއީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމަޢުން އެކަން ބަލައެއް ނުގަނެއެވެ. 

    ]]>
    Thu, 23 Jul 2026 15:19:11 +0500 ނިއުސް ޑެސްކް
    އިސްލާމީ ހަރުކަށިފިކުރާ ދެކޮޅަށް ހަނގުރާމަ ފެށިއްޖެ: އިބްރާހިމް ޓްރައޯރޭ https://heerasnews.com/4426 https://heerasnews.com/4426 ބުރުކީނާ ފާސޯގެ އަސްކަރީ ލީޑަރު، ކެޕްޓަން އިބްރާހިމް ޓްރައޯރޭ (ޓޯރޭ)އަށް ކުރިން ތާއީދުކުރި ނުފޫޒުގަދަ އިލްމުވެރިންނާއި އޭނާއާ ދެމެދު އޮތް ގުޅުން ގޯސްވެ، ބޮޑު ހިޔާލު ތަަފާތުވުންތަކެއް އުފެދިއްޖެއެވެ. މައްސަލަ ގޯސްވީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުން ފަށާފައިވާ ކެމްޕޭނާއި، ދާދިފަހުން ފާސްކުރި ދީނީ މިނިވަންކަމުގެ ގާނޫނުގެ އިތުރުން ބައެއް އިލްމުވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ.

    ޓްރައޯރޭ ވިދާޅުވީ "ރެޑިކަލް އިސްލާމް" އަށް އެ ގައުމުގައި ޖާގައެއް ނެތް ކަމަށާއި، ދީނީ ހަރުކަށި ފިކުރު ފަތުރާ ކަމަށް އޭނާ ތުހުމަތުކުރާ ފަރާތްތަކާ ދެކޮޅަށް "ހަނގުރާމަ ފެށިއްޖެ" ކަމަށް އިންޒާރު ދެއްވާފައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދީން ފަތުރަންވާނީ މަޖުބޫރުކުރުމާއި އަނިޔާވެރިކަމުގެ ބަދަލުގައި ނަމޫނާ ދައްކައިގެންނެވެ. އަދި ހަރުކަށި ފިކުރު ފަތުރަން ހުތުބާތައް ބޭނުންކުރާ އިމާމުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.

    ގައުމުން ބޭރުގައި ކިޔަވާ ދަރިވަރުން

    އަރަބި ގައުމުތަކުގައި އިސްލާމީ ޝަރީއަތް ކިޔަވަން ތިބި ބުރުކީނާ ފާސޯގެ ދަރިވަރުން އަނބުރާ ގައުމަށް ގެނައުމަށްވެސް ޓްރައޯރޭ ވަނީ ނިންމަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި 800000 އަށްވުރެ ގިނަ ދަރިވަރުން އަމަލީ މަސައްކަތުގެ ހުނަރެއް ނެތި ދީނީ ތައުލީމު ހާސިލުކުރަމުންދާއިރު، އެނބުރި އަންނަން ދެކޮޅު ހަދާ ދަރިވަރުންގެ ރައްވެހިކަން ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. މީގެ އިތުރުން، ބޭރު ގައުމުތަކަށް ކިޔަވަންދާ ދަރިވަރުން މަތީ ތައުލީމާބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށްވެސް މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.

    ދީނީ މިނިވަންކަމުގެ ގާނޫނު

    ޖޫން މަހުގެ 20 ވަނަ ދުވަހު ފާސްކުރި "ދީނީ މިނިވަންކަމުގެ ގާނޫނު" އާއެކު ސަރުކާރާއި މުސްލިމް މުޖުތަމައާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ގާނޫނުގެ ބޭނުމަކީ ގައުމުގެ ސެކިއުލާ ސިފަ ދެމެހެއްޓުމެވެ. މި ގާނޫނުގެ ދަށުން، ކުޑަކުދިން ލައްވައި ސަލާން ޖެއްސުމާއި، ދީނީ ޖަމިއްޔާތަކުގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ނުބެހެއްޓުން ފަދަ ކަންކަމަކީ ޖަލު އަދަބާއި ޖޫރިމަނާ އަންނާނެ ކުށްތަކެވެ.

    އެކުވެރިންގެ ފަރާތުން ކުރިިމަތިވި ދެކޮޅުވެރިކަން

    މި ގާނޫނަށް ފާޑުވިދާޅުވި އެންމެ ނުފޫޒުގަދަ އެއް އިލްމުވެރިޔާ، އިމާމް މުހައްމަދު އިސްހާގު ކިންޑޯ މެއި މަހުގެ ފަހުކޮޅު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ މިނިވަން ކުރުމަށް ގޮވާލައި މުސްލިމުން ކުރި މުޒާހަރާތަކާ ގުޅިގެން ވެރިރަށް އުއަގަޑޫގޫގައި ހުރި އެންމެ ބޮޑު ސުންނީ މިސްކިތް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އަދި އިމާމަށް ތާއީދުކުރާ 100 އެއްހާ މީހުން "މަދަނީ ތަމްރީނު" ދިނުމަށް ކަމަށް ބުނެ އަސްކަރީ ކޭމްޕަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

    އިޒްރޭލާއެކު ބާއްވާ ގުޅުން

    ހުރިހާ ދާހިލީ މައްސަލަތަކެއްގެ ތެރެއިން، ޓްރައޯރޭ ވަނީ އިޒްރޭލުން ބުރުކީނާ ފާސޯއަށް ކަނޑައެޅި އާ ސަފީރު ސައިމަން ސެރޫސީގެ ސަފީރުކަމުގެ ފަތްކޮޅު ގަބޫލުކުރައްވާފައެވެ. މިއީ ހުޅަނގާ ދެކޮޅު ލީޑަރެއްގެ ގޮތުގައި ފެންނަން ބޭނުންވާ ޓްރައޯރޭގެ ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. އަދި މިއީ އިޒްރޭލުގެ ސަލާމަތީ ޓެކްނޮލޮޖީ ހޯދުމަށް ސާހިލް ސަރަހައްދުގެ ގައުމުތަކުން ގެންގުޅޭ ޝައުގުވެރިކަމާ ގުޅުންހުރި ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

    ދީނީ އިލްމުވެރިންނާ ދެކޮޅަށް ޓްރައޯރޭ ފައްޓަވާފައިވާ މި "ހަނގުރާމަ" އާއި، އިޒްރޭލާއެކު ބާއްވަމުންދާ ގުޅުމުގެ ސަބަބުން، ކުރިން އޭނާއަށް ތާއީދުކުރި މުސްލިމް މުޖުތަމައުގެ ތާއީދު ގެއްލި، ގައުމުގެ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

    ]]>
    Thu, 23 Jul 2026 02:02:30 +0500 ހީރަސް
    ދެކުނު ޔޫރަޕްގައި އެންމެ މަތީ ދަރަޖައަށް ހޫނުގަދަވުމުގެ ނުރައްކާ https://heerasnews.com/4425 https://heerasnews.com/4425 ފަރަންސޭސިވިލާތަށް މިދިޔަ ޖޫން މަހު ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން، އާއްމުކޮށް މީހުން މަރުވާ ނިސްބަތަށްވުރެ އިތުރަށް 5700 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. ފްރާންސްގެ ރަސްމީ އިދާރާތަކުން މި މައުލޫމާތު ހާމަ މިކުރީ ޔޫރަޕްގެ ދެކުނުގެ ގައުމުތަކަށް ރެކޯޑް މިންވަރަކަށް ހޫނުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. 

    ފަރަންސޭސިވިލާތުގެ ނޭޝަނަލް ހެލްތު އެޖެންސީން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ޖޫން 17 އިން ޖުލައި 2 ގެ ނިޔަލަށް އެ ގައުމުގައި 5764 މީހުން އިތުރަށް މަރުވެފައިވެއެވެ. މިއީ އާންމުކޮށް މަރުވާ ނިސްބަތަށްވުރެ 36 އިންސައްތަ އިތުރު އަދަދެކެވެ.

    މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވެފައިވަނީ ޖޫން 25 އާއި 27 އާ ދެމެދުގައެވެ. އަދި މަރުވި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ އުމުރުން 75 އަހަރުން މަތީގެ މީހުން ކަމަށް އެ އެޖެންސީން ބުނެއެވެ. ޖޫން 17 އިން ޖުލައި 2 އާ ދެމެދު މަރުވި މީހުން މަރުވީ ތަފާތު އެކި ސަބަބުތަކާ ހުރެ ކަމަށާއި، އޭގެ ތެރެއިން އެއްވެސް މަރަކީ ސީދާ ހޫނާ ގުޅުންހުރި މަރެއްކަން އަދި ކަށަވަރު ނުވާކަމަށްވެސް އެ އެޖެންސީން ބުނެއެވެ. މިދިޔަ އަހަރުގެ މުޅި ހޫނު މޫސުމުގައި ފަރަންސޭސިވިލާތުގައި އާއްމު ނިސްބަތަށްވުރެ އިތުރަށް މަރުވެފައިވަނީ 5722 މީހުންނެވެ.

    މި މައުލޫމާތު ހާމަކޮށްފައިވަނީ، ސްޕެއިންގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ބޮޑު އެއް ރޯވުމާ ދެކޮޅަށް އެގައުމުގެ ފަޔަރު ފައިޓަރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މެޑްރިޑްގެ އުތުރުން އޮންނަ ގުއަޑަލަޖާރާ ސަރަހައްދުގައި ރޯވި މި އަލިފާނުގެ ސަބަބުން 32000 ހެކްޓަރުގެ ބިން އަނދާފައިވާއިރު، 34 އަވަށަކުން 1200 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

    ބުދަ ދުވަހު ސްޕޭންގެ ކަމާބެހޭ ފަރާތްތަކުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވެން ފަށާފައިވާ ކަމަށާއި، ފަސް އަވަށެއްގެ މީހުންނަށް އެނބުރި ގެއަށް ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތެއްގައި ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ސްޕެއިންގައި 22 ބޮޑު ރޯވުމެއް ހިނގާފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއް ކަމަށެވެ.

    މިހާތަނަށް 100000 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް އަނދާފައިވާ ކަމަށާއި، މިއީ ފާއިތުވި ދިހަ އަހަރުގެ މުޅި އަހަރުގެ އެވްރެޖާ އެއްވަރުގެ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތަށް އާންމުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

    ސްޕެއިންގެ މޫސުމާ ބެހޭ އިދާރާ، އޭމެޓްއިން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އަލިފާން ރޯވުމުގެ ނުރައްކާ އިތުރަށް ބޮޑުވާނެއެވެ. ފިނިހޫނުމިން 42 އާއި 44 ޑިގްރީ ސެލްސިއަސްއާ ދެމެދު ހުންނާނެތީ، ހުރިހާ އެންމެންވެސް އިންތިހާއަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ހޫނުމިން އިތުރުވުމާއި، ހަނަފަސްކަން އަދި ރޯވުންތައް ދަނީ އިތުރުވަމުންނެވެ.

    ފަރަންސޭސިވިލާތުގެ ޒިރޮންޑޭ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ދެ ފަޔަރު ފައިޓަރުން މަރުވެފައިވާއިރު، ހޫނުގަދަ ސަރަހައްދުތަކުގައި ބޭރުގައި ބާބަކިއު ފަދަ ކަންކަން ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ. އަލިފާން ރޯވުމުގެ 90 އިންސައްތަ ހާދިސާއަކީ އިންސާނުންގެ އިހުމާލުން ހިނގާ ކަންކަން ކަމަށްވެސް އެ އިދާރާތަކުން ބުނެއެވެ.

    ގްރީސްގައި ފިނިހޫނުމިން 41 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭތީ، އަވިގަދަ ވަގުތުތަކުގައި ބޭރުގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ.

    އިޓަލީގެ ސިސިލީގައިވެސް ބޮޑެތި ރޯވުންތަކެއް ހިނގައި، ގިނަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ވަނީ މުޅި ސިސިލީގައި އަލިފާނުގެ ނުރައްކާ އޮތްކަމަށް އެންމެ މަތީ ދަރަޖައަށް އެލާޓް ނެރެފައެވެ.

    ]]>
    Thu, 23 Jul 2026 02:00:30 +0500 ނިއުސް ޑެސްކް
    ކޮރަޕްޝަންގެ ތުހުމަތުގައި ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ފުރުން މަނާކޮށްފި https://heerasnews.com/4423 https://heerasnews.com/4423 ސްޕެއިނަކީ ކޮރަޕްޝަންގެ މައްސަލަތަކާ ބީރައްޓެހި ގައުމެއް ނޫނެވެ. ވޭތުވެދިޔަ ފަހުގެ ތާރީހުތަކުގައި ކޮރަޕްޝަންގެ އެކި މައްސަލަތަކާ ގުޅިގެން ގިނަ ސިޔާސީ ފަރާތްތަކެއްގެ ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ.

    މިހާރު އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވަނީ، ވޭތުވެދިޔަ އަށް އަހަރު ސްޕެއިންގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ޕެޑްރޯ ސަންޗޭޒްއަށެވެ. އެމަނިކުފާނަކީ ގާޒާގެ މައްސަލައާއި، އީރާންގެ ހަނގުރާމައާއި، ވިޔަފާރީގެ ޓެރިފްތަކާ ގުޅޭގޮތުން ޓްރަމްޕްގެ ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ މަދު ޔޫރަޕްގެ ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ.

    ސަންޗޭޒްގެ ވެރިކަމުގައި، ސްޕެއިންގެ އިގުތިސޯދަކީ ޔޫރަޕްގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ އެއް އިގުތިސޯދަށް ވަނީ ވެފައެވެ. ސްޕޭންގެ އިގުތިސޯދު ރަނގަޅު ވަމުން ދަނީ ވަކިވެގަންނަން އުޅޭ ޕާޓީތަކެއް ހިމެނޭ ބަލިކަށި ކޯލިޝަނަކާއެކު ސަންޗޭޒް ވެރިކަން ކުރައްވަމުން ގެންދަވާ ހާލަތެއްގައެވެ.

    ސަންޗޭޒްއާއި އޭނާގެ ވާތުފިޔައިގެ "ސްޕެނިޝް ސޯޝަލިސްޓް ވޯކާސް ޕާޓީ" ވެރިކަމަށް އައީ 2018 ވަނަ އަހަރު، އޭރު އޮތް ކަނާތުފިޔައިގެ "ޕީޕަލްސް ޕާޓީ" ބޮޑު ކޮރަޕްޝަންގެ މައްސަލައެއްގައި ތަޅުއެޅި، އިތުބާރު ނެތްކަމުގެ ވޯޓަކުން ބަލިވުމާ ގުޅިގެންނެވެ. ނަމަވެސް، މިއަދު މިވަނީ އެފަދަ ނުރައްކާތެރި ހާލަތެއް ސަންޗޭޒްއާ ކުރިމަތިވެފައެވެ.

    މިދިޔަ ހޮނިހިރު ދުވަހު، ސްޕެއިންގެ ފަނޑިޔާރަކު ވަނީ ސަންޗޭޒްގެ އަނބިކަނބަލުން ބެގޯނިއާ ގޯމޭޒްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި، ޝަރީއަތް ފެށުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން، އެ ކަމަނާގެ ޕާސްޕޯޓް ހިފަހައްޓައި، ގައުމުން ބޭރަށް ފުރުން މަނާކޮށް، ކޮންމެ މަހަކު ދެ ފަހަރު ކޯޓަށް ހާޒިރުވުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

    ފަނޑިޔާރު ހުއާން ކާލޯސް ޕެއިނާޑޯ ވަނީ ގޯމޭޒްގެ މައްޗަށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، ނުފޫޒު ފޯރުވުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގައި ކޮރަޕްޝަން ހިންގުމުގެ ތުހުމަތުކޮށްފައެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ ވަނީ މެޑްރިޑްގެ ޔުނިވަރސިޓީއެއްގައި އޭނާގެ ވަޒީފާގެ ކުރިއެރުމަށް ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ހައިސިއްޔަތު ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައެވެ.

    ގޯމޭޒްއާއި ސަންޗޭޒް ވެސް މި ތުހުމަތުތައް ދޮގުކުރައްވައެވެ. ސަންޗޭޒް ވިދާޅުވަމުން ގެންދަވަނީ މިއީ ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ "ހުތުރު ޑްރާމާއެއް" ކަމަށެވެ.

    މި ތަހުގީގު ފެށުނީ 2024 ވަނަ އަހަރު، ކަނާތުފިޔައިގެ ވިސްނުމާ ގުޅުން އޮންނަ "މަނޯސް ލިމްޕިއަސް" (ސާފު އަތްތަކެއް) ނަމަކަށް ކިޔާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ގްރޫޕަކުން ގޯމޭޒްއާ ދެކޮޅަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ދުވަސްވަރު ސަންޗޭޒް ވަނީ މަގާމުގައި ހުންނަވާނެތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ހަފްތާއެއްހާ ދުވަހަށް ރަސްމީ މަސައްކަތްތަކުން ދުރުވެވަޑައިގެންފައެވެ.

    މައްސަލައިގައި ސްޕެއިންގެ ޖަސްޓިސް މިނިސްޓަރު ފީލިކްސް ބޮލާނިއޯސް ވިދާޅުވީ، މިއީ އިންސާފަށް ލޯބިކުރާ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، އެންމެ ފަހުން ހަގީގަތް ހާމަވާނެ ކަމަށެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ފަނޑިޔާރުގެ ނިންމުންތަކަކީ އިންސާފުން ބޭރު، ނުބައްދަލު ނިންމުންތަކެކެވެ.

    މައްސަލައަކީ ސަންޗޭޒްގެ އަރިސް ބޭފުޅުންނަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރެއިން އެންމެ ފަހުގެ މައްސަލައެވެ. ފާއިތުވި ދުވަސްތަކުގައި ސޯޝަލިސްޓް ޕާޓީގެ ހެޑްކުއާޓާސް ފުލުހުން ރައިޑްކޮށްފައިވާއިރު، ކުރީގެ ބޮޑުވަޒީރު ޒަޕަޓޭރޯއާއި ކުރީގެ ވަޒީރު އާބަލޮސްގެ މައްޗަށް ވެސް ވަނީ ތަފާތު ތުހުމަތުތައް ކުރެވިފައެވެ. މީގެ އިތުރުން ސަންޗޭޒްގެ ކޮއްކޮ ޑޭވިޑްގެ މައްޗަށް ވެސް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލައި މިހާރު ދަނީ ޝަރީޢަތް ކުރަމުންނެވެ.

    ސަންޗޭޒްގެ މައްޗަށް ސީދާ އެއްވެސް ދައުވާއެއް އުފުލިފައި ނުވި ނަމަވެސް، މި މައްސަލަތަކުގެ ސަބަބުން ސަންޗޭޒްގެ ސަރުކާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އިދިކޮޅު ލީޑަރު އަލްބަރޓޯ ނޫނިއޭޒް ފޭޖޯ ވަނީ ސަރުކާރު އޮތީ "މަރުމަތީގައި" ކަމަށް ބުނެ، ސަންޗޭޒް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

    އަންނަ އަހަރުގެ އޯގަސްޓް މަހު އިންތިހާބު ބާއްވަން ހަމަޖެހިފައިވީ ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭގެ ކުރިން ސަރުކާރު ކޯލިޝަން ރޫޅިގެންދާނެއެވެ. ސާވޭތަކުން ދައްކާ ގޮތުގައި މިހާރު އިންތިހާބެއް ބާއްވައިފިނަމަ، ކަނާތުފިޔައިގެ ޕީޕަލްސް ޕާޓީއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ.

    ސަންޗޭޒްގެ ސިޔާސީ މުސްތަގުބަލު މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ނަމަވެސް، ގާނޫނުއަސާސީ އޮތްގޮތުން ބޮޑުވަޒީރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުން އެހެން ބޭފުޅަކަށް އަގުލަބިއްޔަތު ލިބިގެން ކަމަށްވާތީ، މިއީ އޭނާއަށް އޮތް ކުޑަ އުއްމީދެކެވެ. ސަންޗޭޒްގެ މިހާރުގެ އަމާޒަކީ މި ތުފާނުން ސަލާމަތްވެ، ޝަރީއަތްތައް ސަންޗޭޒާއި އެއްކޮޅަށް ނިމޭތޯ ބެލުމެވެ.

    ]]>
    Wed, 22 Jul 2026 09:18:34 +0500 ނިއުސް ޑެސްކް
    އެމެރިކާއިން އީރާނު ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި https://heerasnews.com/4422 https://heerasnews.com/4422 އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. ހެގްސެތު މިހެން ވިދާޅުވީ، ސިފައިންނަށް ބޭނުންވާ ފައިސާގެ އިތުރުން ދަނޑުވެރިންނަށް އެހީތެރިވުމަށާއި ވޯޓުލުމުގެ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ހަރަދުކުރުމަށް ރިޕަބްލިކަން ޕާޓީން ހުށަހަޅާފައިވާ 95 ބިލިއަން ޑޮލަރުގެ ބަޖެޓާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައެވެ.

    ސެނެޓް އެޕްރޮޕްރިއޭޝަންސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެގްސެތު ވަނީ ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑު އަދަދެއް ހަނގުރާމައަށް ހަރަދުވާނެ ކަމަށް ވިދާޅުވެފައެވެ. މި އަޑުއެހުން ކުރިއަށްދިޔަ ވަގުތު ނުރުހުން ފާޅުކޮށް އަޑުއުފިލި މީހުން އެތައް ފަހަރަކު ވަނީ އޭނާގެ ވާހަކަ މެދުކަނޑުވާލާފައެވެ. ސެނެތްގައި ހަމަނުޖެހުންތައް ހިނގާފައި މިވަނީ، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާގެ އިތުރު ތިން ސިފައިން މަރުވެ، މަރުވި މީހުންގެ އަދަދު 17 އަށް އަރައި، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ޕެންޓަގަންއިން ހާމަކޮށްފައި ވަނިކޮށެވެ.

    ހެގްސެތު ވިދާޅުވި ގޮތުގައި ހަނގުރާމައަށް ބޭނުންވާ މި އިތުރު ފައިސާއަކީ "މުހިންމު އަދި ކޮންމެހެން ބޭނުންތެރި" އެހީއެކެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 1.5 ޓްރިލިއަން ޑޮލަރުގެ ދިފާއީ ބަޖެޓަކީ އަސްކަރިއްޔާއަށް ކުރެވޭ ތާރީހީ އިންވެސްޓްމަންޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. "މި ފައިސާ ނުލިބިއްޖެނަމަ، އަޅުގަނޑުމެންނަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

    ނަމަވެސް، ކޮމިޓީގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ސެނެޓަރ ފެޓީ މަރީ ވަނީ މިއީ "ކޮޅެއް ނެތް ހަނގުރާމައެއްގެ" ފެށުން ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ މިހާރު ވަނީ ކޮންޓްރޯލުން ނެއްޓިފައެވެ. އަދި ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް 40 އަށްވުރެ ގިނަ ފަހަރު ވިދާޅުވެފައިވާއިރު، އަނެއްކާވެސް އިތުރު 70 ބިލިއަން ޑޮލަރަށް އެދިވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

    މި އަޑުއެހުމުގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން އާއި އެގްރިކަލްޗަރ ސެކްރެޓަރީ ބްރޫކް ރޮލިންސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

    ރިޕަބްލިކަން ބަޖެޓުގެ ބޮޑުބަޔަކީ ހަނގުރާމައިގެ ހަރަދު

    ރިޕަބްލިކަން ޕާޓީން ހުށަހަޅާފައިވާ ބަޖެޓުގެ ބޮޑު ބަޔަކީ ހަނގުރާމައަށް ކަނޑައަޅާފައިވާ ފައިސާއެވެ. މީގެ އިތުރުން ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން ގެއްލުންވަމުންދާ ދަނޑުވެރިންނަށް އެހީވުމަށް 10 ބިލިއަން ޑޮލަރާއި، ވޯޓުލުމުގެ ގާނޫނަށް ބަދަލު ގެނައުމަށް 10 ބިލިއަން ޑޮލަރު ހިމަނާފައިވެއެވެ.

    އޭޕީ-ނޯކް އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ގިނަ އެމެރިކާ ރައްޔިތުން ޓްރަމްޕް އީރާނާ މެދު ގެންގުޅުއްވާ ސިޔާސަތަށް ތާއީދެއް ނުކުރެއެވެ. ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެމެރިކާގެ އަސްކަރީ ހަކަތަ ހުސްވަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ދިގުދެމިގެންދާ ހަނގުރާމަތަކުގެ ތެރެއަށް އެމެރިކާ ނުވައްދާނެ ކަމަށް ޓްރަމްޕް ވެވަޑައިގެންނެވި ވައުދާ ހިލާފުވެވަޑައިގަންނަވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

    އެހެންނަމަވެސް، ހަނގުރާމައިން ފަހަތަށް ޖެހުމުގެ އެއްވެސް ނިޝާނެއް ޓްރަމްޕް ނުދައްކަވާއިރު، ރިޕަބްލިކަން މެންބަރުންވެސް އޭނާގެ ސިޔާސަތުތަކާ ސުވާލު އުފެއްދުމަށް ޖެހިލުންވެއެވެ.

    ހެގްސެތަށް ކުރިމަތިވި ފާޑުކިޔުންތައް

    ހަނގުރާމައިގެ އިތުރުން ހެގްސެތުގެ ލީޑަޝިޕާ މެދު ވެސް ސެނެޓަރުން ވަނީ ސުވާލު އުފައްދާފައެވެ. ކޮމިޓީގެ މުގައްރިރު ސޫޒަން ކޮލިންސް ވިދާޅުވީ، އަސްކަރިއްޔާގެ އިސް މަގާމުތަކަށް އަންހެނުންނާއި މައިނޯރިޓީ ގްރޫޕްތަކުގެ މީހުން އައްޔަންކުރުމަށް ހުރަސްއަޅަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

    ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމަރ ވިދާޅުވީ، ހަނގުރާމައިގައި ޒަހަމްވާ ސިފައިންގެ މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި، ހެގްސެތު އިސްކަންދެއްވަނީ ސިފައިންގެ "ޓެސްޓޮސްޓިރޯން" ލެވެލް ޗެކްކުރުމުގެ ޕްލޭންތައް އިޝްތިހާރު ކުރުމަށް ކަމަށެވެ. ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ގާތްގަނޑަކަށް 450 ސިފައިން ވަނީ ޒަހަމްވެފައެވެ.

    އަދި ހަނގުރާމައިގެ ކުރީކޮޅު އީރާނުގެ ޕްރައިމަރީ ސްކޫލަކަށް ދިން ނުރައްކާތެރި ހަމަލާގެ ރިޕޯޓު ހާމަކުރުމަށް ވެސް ސެނެޓަރުން ވަނީ ޑިފެންސް ސެކްރެޓަރީއަށް މަޖުބޫރުކޮށްފައެވެ.

    މި ހަފްތާގެ ތެރޭގައި ސެނެޓުން ހަނގުރާމަ ހުއްޓުވުމާ ގުޅޭ އިތުރު ގަރާރަކަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މީގެ ކުރިން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

    ބަޖެޓު ފާސްކުރުމުގެ މަސައްކަތް

    ރިޕަބްލިކަން ޕާޓީން މަސައްކަތް ކުރަމުންދަނީ ޑިމޮކްރެޓުންގެ ދެކޮޅުހެދުންތަކާ އެކުވެސް، ހާއްސަ އިޖުރާއަތްތަކެއްގެ ދަށުން މި ބަޖެޓު ފާސްކުރުމަށެވެ. މި ހަފްތާގެ ތެރޭގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި މި ބަޖެޓަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ދަނީ ބަޖެޓުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވެގެންދާނެތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

    ]]>
    Wed, 22 Jul 2026 02:04:52 +0500 ނިއުސް ޑެސްކް
    ކުރަފި ޕާޓީއާއި އެކު މަޝްވަރާކުރިޔަސް ދޫދިނުމަކާ ހަމައަށް ނުދަނީކީއްވެ! https://heerasnews.com/4418 https://heerasnews.com/4418 އިންޑިޔާގެ ޖަންތަރު މަންތަރުގައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) އިން ތިން ހަފްތާއާ ގާތްކުރާ މުއްދަތަކަށް ކުރިއަށްގެންދިޔަ މުޒާހަރާތަކާއި، އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން، އެންމެ ފަހުން ސަރުކާރުން މިދިޔަ ހޯމަ ދުވަހު އަމަލީ ފިޔަވަޅު އަޅަން ފަށައިފިއެވެ. އެގޮތުން ޔޫނިއަން މިނިސްޓަރ ޖޭ.ޕީ ނައްޑާ ވަނީ ސީ.ޖޭ.ޕީގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.

    ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި އެތައް ހާސް ބަޔަކު ޕާލަމެންޓާ ދިމާލަށް މާރޗް ކުރަމުންދަނިކޮށް، ސަރުކާރުގެ ސިޔާސަތު ހާމަކުރައްވަމުން ސީނިއަރ މިނިސްޓަރަކު "ދަ އިންޑިއަން އެކްސްޕްރެސް" އަށް ވިދާޅުވީ، މުޒާހަރާގެ ބައިވެރިންގެ ޝަކުވާތައް އަޑުއަހާފައިވާ ކަމަށާއި، ނަމަވެސް އެމީހުންގެ ހުށަހެޅުންތަކަށް އެއްވެސް އިލްތިޒާމެއް ސަރުކާރުން ވެފައިނުވާނޭ ކަމަށެވެ.

    ޕާލަމެންޓް ހައުސްގައި މިނިސްޓަރ ޕްރަދާން އާއި ބީ.ޖޭ.ޕީގެ ރައީސް ނިތިން ނަބީން ހިމެނޭހެން ވަޒީރުންގެ ގްރޫޕަކުން ބޭއްވި ބައްދަލުވުމަކަށްފަހު އޭނާ ވިދާޅުވީ، "މުޒާހަރާ މިހާރު ނިމިއްޖެ" ކަމަށެވެ. އަދި "ނައްޑާޖީ ބައްދަލުކުރެއްވީ ދަރިވަރުންގެ ވާހަކަތައް އަޑުއެހުމަށް... އެކަމަކު އެމީހުންގެ ހުށަހެޅުންތަކާ މެދު ސަރުކާރުން ވިސްނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ދީފައެއް ނުވާނެ" ކަމަށްވެސް އެ މިނިސްޓަރ ވިދާޅުވިއެވެ.

    ބީ.ޖޭ.ޕީގެ މަސްދަރުތަކުން ބުނާ ގޮތުގައި، މޮންސޫން ސެޝަންގެ ފުރަތަމަ ދުވަހު މަޝްރަހު ގޯސްވެ، ސަރުކާރުގެ އަގު ވެއްޓިދާނެތީ، މުޒާހަރާކުރާ ކުދިންނާ ބައްދަލުކުރުމަށް ސަރުކާރުން ނިންމީއެވެ. "ބޭރު ފުށުން ފެންނަ ފެނުމުގައި، މުޒާހަރާކުރާ ކުދިންގެ އިހުސާސްތަކަށް ސަރުކާރުން އަޅާނުލާ ކަމަށް ދެއްކުމަކީ ބޭނުންތެރި ކަމެއް ނޫން،" ކަމަށް ބަހަރަތިޔާ ޖަނަތާ ޕާޓީގެ ލީޑަރަކު ވިދާޅުވިއެވެ.

    މިދިޔަ ހަފްތާގައި ނެރުނު ނީޓް-ޔޫޖީ އިމްތިހާނުގެ ނަތީޖާއަށް އިޝާރާތް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، "އަސްލު ކިޔަވާ ކުދިން" މުޒާހަރާ ނިންމައި ކްލާސްތަކަށް ގޮސްފައިވާ ކަމަށާއި، މިހާރު އިމްތިހާނުގެ ނަތީޖާވެސް ލިބިފައިވާ ކަމަށެވެ. "މިހާރު މުޒާހަރާ ކުރާ ތަނުގައި އެ ތިބީ މި ކަމުގެ ތެރެއިން ސިޔާސީ މަންފާ ހޯދަން އުޅޭ މީހުން. އެއީ ބާރުވެރިކަން ބޭނުންވެގެން އުޅޭ ބައެއް،" މިނިސްޓަރ ވިދާޅުވިއެވެ.

    ޔޫނިއަން މިނސްޓަރ ޖޭޕީ. ނައްޑާ، ސީ.ޖޭ.ޕީގެ ތަރުޖަމާނުން ކަމަށްވާ ސައުރަވް ދާސް އަދި އަޝުތޯޝް ރަންކާ އާ ބައްދަލުކުރެއްވިއިރު، ސަލާމަތީ ބާރުތަކުން ދިޔައީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަގޭސް ޖަހައި ބާރުގެ ބޭނުން ކުރަމުންނެވެ. އޭރު ބައެއް މުޒާހަރާވެރިން ވަނީ ޕާލަމެންޓާ ވަރަށް ކައިރިއަށް ގޮސްފައެވެ.

    ސީނިއަރ މިނިސްޓަރުން ޕާލަމެންޓް ހައުސްގައި ހުންނަ ހޯމް މިނިސްޓަރ އަމިތް ޝާހްގެ އޮފީހުގައި މަޝްވަރާ ކުރަމުން ދިޔައިރު، ޕާލަމެންޓް ސެކިއުރިޓީން ވަނީ އިމާރާތުގެ ހުރިހާ ދޮރުތަކެއްހެން ބަންދުކޮށްފައެވެ. މިނިސްޓަރ ޕްރަދާން ގިނަ އިރުތަކެއް ވަންދެން ޝާހްގެ ކޮޓަރީގައި ހުންނެވިއިރު، ފަހުން ޖޭޕީ. ނައްޑާ އާއި ކިރެން ރިޖީޖޫ އަދި ޕިޔުޝް ގޯޔަލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ނަބީން ވެސް ޝާހްގެ އޮފީހަށް ވަޑައިގަންނަވަނިކޮށް ފެނިފައިވެއެވެ.

    ޔޫނިއަން މިނިސްޓަރ ނައްޑާ ވިދާޅުވީ ސީ.ޖޭ.ޕީގެ މަންދޫބުންނާ ބައްދަލުކުރެއްވީ އެމީހުން އެކަމަށް އެދުމުން ކަމަށެވެ. "މިއަދު ހެނދުނު ފުރަތަމަ ފަހަރަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ސަރުކާރާއެކު ވާހަކަ ދެއްކުމުގެ ހުށަހެޅުމެއް އައި. އަދި 11:50 އިން ފެށިގެން މަޝްވަރާތައް ދަނީ ކުރިއަށް،" ހަވީރު 4:37 ގައި އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ.

    "ބައްދަލުވުން ކުރިއަށް ދިޔައީ އެކުވެރި މާހައުލެއްގައި. ވަފުދާއެކު ދިގުކޮށް އަނގަބަހުން މަޝްވަރާ ކުރެވުނު، އަދި ހަވީރު 4 ޖަހާކަންހާއިރު އެމީހުން ވަނީ ލިޔުމުން ޕެޓިޝަނެއް ހުށަހަޅާފައި. މުޒާހަރާ ނިންމާލައި، އާންމު ހާލަތަށް ރުޖޫއަވުމަށް އިދާރާތަކަށް އެއްބާރުލުން ދިނުމަށް އަޅުގަނޑު ހުރިހާ މުޒާހަރާވެރިންނަށް އިލްތިމާސްކުރިން،" ނައްޑާ އިތުރަށް ލިޔުއްވިއެވެ.

    ސީ.ޖޭ.ޕީގެ ތަރުޖަމާނު ސައުރަވް ދާސް ކުރި ޓްވީޓެއްގައި ބުނީ، މެންދުރު 12 ޖެހީއްސުރެ އޭނާ އާއި ރަންކާ ތިބީ ނައްޑާގެ ގޭގައި ކަމަށެވެ. "ދަރުމެންދުރަ ޕްރަދާން ވަގުތުން އިސްތިއުފާ ދިނުން ނުވަތަ މަގާމުން ވަކިކުރުން ހިމެނޭހެން އަހަރެމެންގެ ހުށަހެޅުންތައް ވަނީ ހުށަހަޅާފައި. އެކަމާ މެދު އެކަށީގެންވާ ފެންވަރުގައި މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވި. ނަމަވެސް އަދި މިހާތަނަށް އެއްވެސް އިލްތިޒާމެއް ވެފައެއް ނުވޭ. ޑިމާންޑްތައް ފުރިހަމަ ވަންދެން މުޒާހަރާ ކުރާ ފަރާތްތަކުން ހިމޭނަކުން ނުތިބޭނެ،" ދާސް ލިޔުއްވާފައިވެއެވެ.

    ސީ.ޖޭ.ޕީގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި ހިމެނެނީ:

    • ސަރުކާރުން ހިންގާ ސަފްދަރުޖަންގް ހޮސްޕިޓަލުގައި ވަންގްޗުކް އޭނާގެ ނުރުހުމުގައި ބަންދުކޮށްފައި ހުރި ހުރުމުން މިނިވަންކުރުން،
    • ނީޓް-ޔޫޖީ އިމްތިހާނުގެ ކަންކަމުގައި ހިނގި އިހުމާލުތަކާ ގުޅިގެން ތައުލީމީ ވަޒީރު މަގާމުން ވަކިކުރުން،
    • އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވުމުގެ ސަބަބުން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ކޮންމެ އާއިލާއަކަށް 1 ކްރޯޑް ރުޕީސްގެ ބަދަލެއް ދިނުން.

    ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި މި ހުށަހެޅުންތަކަށް "ވަގުތުން ފިޔަވަޅެއް" ނޭޅޭނެއެވެ. "ވަޒީރު (ޕްރަދާން) އަވަސް މުސްތަގުބަލެއްގައި އިސްތިއުފާ ދެއްވާނެ ކަމަކަށް ނުބެލެވޭ. ކޮންމެ ކަމަކީވެސް ވަކި އިޖުރާއަތްތަކެއް އޮންނަ ކަމެއް. އެކަމަކު އަމިއްލައަށް މަރުވި ކުދިންގެ އާއިލާތަކަށް ބަދަލު ދިނުމުގެ މައްސަލާގައި ސަރުކާރުން ގޮތެއް ނިންމަފާނެ. އެއީ އެއްވެސް މީހެއްގެ މަރު ސަރުކާރުން އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭތީ،" ޕާޓީގެ އިސް ލީޑަރަކު ވިދާޅުވިއެވެ.

    އެހެން ނަމަވެސް، އެހެން މިނިސްޓަރަކު ވިދާޅުވީ "މި ހުށަހެޅުންތައް ފުރިހަމަކުރުމުގައި ސަރުކާރަށް ދެވޭނީ ކިހާ ހިސާބަކަށްތޯ ބެލުމަށް ޕާޓީގެ ތެރޭގައާއި ސަރުކާރާއި އޮފިޝަލުންގެ މެދުގައި އިތުރު މަޝްވަރާތައް ކުރިއަށްދާނެ" ކަމަށެވެ.

    ]]>
    Tue, 21 Jul 2026 00:15:30 +0500 ހީރަސް
    ކެން&ބެޓްވާ މަޝްރޫއާ ދެކޮޅަށް އިހުތިޖާޖުކުރަނިކޮށް ބަޓްނާގަރ ހައްޔަރުކޮށްފި https://heerasnews.com/4414 https://heerasnews.com/4414 އިންޑިއާގެ މަދްޔަޕްރަދޭޝްގެ ފުލުހުން އާދީއްތަ ދުވަހުގެ ހެނދުނު، "ކެން-ބެޓްވާ" މަޝްރޫއާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ ލީޑަރު އަމިތު ބަޓްނާގަރާއި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ޗައްތަރުޕޫރު ޑިސްޓްރިކްޓްގެ ކޫޕީ އަވަށުގައި އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

    އަމިތު ބަޓްނާގަރާއިއެކު އެތައް ބަޔަކު ހައްޔަރު ކުރުމުން 44605 ކްރޯޑް ރުޕީސްގެ ބޮޑު މަޝްރޫއާ ދެކޮޅަށް ދެ ހަފުތާ ވަންދެން ކުރިއަށްދިޔަ ހަރަކާތްތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

    ބަޓްނާގަރު ހައްޔަރުކުރީ، ކެން-ބެޓްވާ ލިންކް މަޝްރޫއަށް ބިން ނެގުމާއި، މީހުން އަލުން އާބާދުކުރުމުގެ އިތުރުން، ބަދަލު ދިނުމުގައި ހުރި ކަމަށް ބުނާ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލައި، ކާބޯތަކެތިން ދުރުވެ 14 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހުއްޓައެވެ. އޭނާއަކީ މި އިހުތިޖާޖުތަކުގެ އެންމެ ކުރީ ސަފުގައި ހުރި މައިގަނޑު ޝަހުސިއްޔަތެވެ.

    ކެން-ބެޓްވާ ލިންކް ޕްރޮޖެކްޓަކީ އިންޑިއާގައި ކޯރުތައް ގުޅުވައިލުމަށް ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން "ކެން" ކޯރުގެ ފެން "ބެޓްވާ" ކޯރާ ގުޅުވައިލުމަށް ހަމަޖެހިފައިވަނީ ދައުދާން ޑޭމާއި ކެނަލްތަކުގެ ޒަރީއާއިންނެވެ.

    ކެން-ބެޓްވާ ލިންކް ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މަދްޔަޕްރަދޭޝްއާއި އުއްތަރުޕްރަދޭޝްގެ ސަރަހައްދުތަކަށް ދަނޑުވެރިކަމަށާއި، ބޯފެނުގެ އިތުރުން ކަރަންޓު އުފެއްދުމަށް ބޭނުންވާ ފެން ފޯރުކޮށްދިނުމެވެ. ނަމަވެސް، މި މަޝްރޫއުގެ ސަބަބުން ބައެއް އަވަށްތައް ފެނުގެ އަޑިއަށް ދާތީ، ގާތްގަނޑަކަށް 2000 އާއިލާ އެ ސަރަހައްދުތަކުން ބަދަލުކުރަން ޖެހުމަކީ މި އިހުތިޖާޖުތައް އުފެދެން މެދުވެރިވި މައިގަނޑު ސަބަބެވެ.

    ފުލުހުންގެ ހާއްސަ ފައުޖުތަކުން ހަމަނުޖެހުންތައް ކޮންޓްރޯލްކުރާ ހެދުމުގައި އިހުތިޖާޖު ކުރަމުންދިޔަ ސަރަހައްދަށް ދިޔައިރު، ބަޓްނާގަރާއި އެހެނިހެން މީހުން ވަނީ ފުލުހުންނާ ދުރަށް ޖެހުމަށްޓަކައި ކޯރުގެ ތެރެއަށް ފައިބާފައެވެ. ފުލުހުން އެ މީހުންނަށް ނަސޭހަތްތެރިވެ، އިހުތިޖާޖު ހުއްޓައިލުމަށް އެދިފައިވެއެވެ.

                        

    ]]>
    Sun, 19 Jul 2026 14:59:37 +0500 ނިއުސް ޑެސްކް
    ގެއެއްގެ ތެރޭގައި އެއް އާއިލާއެއްގެ ފަސް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ https://heerasnews.com/4410 https://heerasnews.com/4410 އިންޑިއާގެ ޗައްތީސްގަޅުގައި ކުއްޔަށް ހިފައިގެން ބަޔަކު ދިރިއުޅޭ ގެއެއްގެ ތެރެއިން، ދެ ކުޑަކުދިން ހިމެނޭހެން އެއް އާއިލާއެއްގެ ފަސް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ އާއިލާގެ މެންބަރުން މަރާލުމަށްފަހު، އެކަން ކުރި ފަރާތުން އަމިއްލައަށް މަރުވި ހާދިސާއެކެވެ.

    ހާދިސާގައި މަރުވެފައިވަނީ އުމުރުން 50 އަހަރުގެ ސާޖިދު އަލީ (ސައްޖު) އާއި، އޭނާގެ އަންހެނުން ރާބިއާ ބާނޯ (45 އަހަރު) އާއި، 20 އަހަރުގެ ދަރިފުޅު އިރުޝާދު އަލީގެ އިތުރުން ކުޑަ ދެ އަންހެން ދަރިންނެވެ. ފުލުހުން ބުނާ ގޮތުގައި، ސާޖިދު އޭނާގެ އަންހެނުންނާއި ދަރިންނަށް ޒަހަރު ދީ މަރާލުމަށްފަހު، އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބެލެވެއެވެ.

    ރައިޕޫރުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި މި ގެއިން މަރުވެފައިވާ މީހުން ފެނުނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ އާއިލާގެ މީހުންނަށް ފޯނުން ގުޅައިގެން ހަބަރެއް ނުވުމާއި، ބަންދުކޮށްފައި ހުރި އެ ގެއިން ނުބައި ވަހެއް ދުވާތީ އަވަށްޓެރިންނާއި ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދިނެވެ. ފުލުހުން ގޮސް ދޮރު ވައްޓާލައިގެން އެތެރެއަށް ވަންއިރު، ސާޖިދު ފެނުނީ ސީލިންގުގައި ދަންޖެހިފައި ހުއްޓައެވެ. އަދި އޭނާގެ އަންހެނުންނާއި ތިން ދަރިންގެ ހަށިގަނޑު ފެނުނީ ގޭގެ ތަޅުންގަނޑުމަތީގައި އޮއްވައެވެ.

    ތަހުގީގުގެ ފުރަތަމަ ހޯދުންތަކުން އެނގޭ ގޮތުގައި، މި އާއިލާއަކީ އެ ގޭގައި ދިރިއުޅޭތާ އަށް މަސްވެފައިވާ ބައެކެވެ. އެމީހުން އެންމެ ފަހުން ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ހުކުރު ދުވަސް އެއްކޮށް އެ ގެ ބަންދުކޮށްފައި ހުރުމުން، އެ ގޭގައި ދިރިއުޅޭ އެހެން ކުއްޔަށް އުޅޭ މީހަކު ގޭގެ ވެރިފަރާތަށް އެކަން އެންގިއެވެ.

    ފުލުހުން ތުހުމަތުކުރާ ގޮތުގައި، އާއިލާގެ މެންބަރުންނަށް ކާންދިން އެއްޗަކަށް ޒަހަރު އެއްކޮށްފައި ހުރެދާނެއެވެ. ނަމަވެސް، މަރުވި ސީދާ ސަބަބު ކަށަވަރުވާނީ ޕޯސްޓްމޯޓަމް ރިޕޯޓާއި ފޮރެންސިކް ތަހުލީލުތަކަށް ފަހު ކަމަށް ފުލުހުން ބުނެއެވެ. ސީނިއާ ފުލުހުންނާއި ފޮރެންސިކް ޓީމަކުން މިހާރު ދަނީ އެ ސަރަހައްދު ބަލައި ފާސްކޮށް، އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

                        

    ]]>
    Sat, 18 Jul 2026 12:39:34 +0500 ނިއުސް ޑެސްކް
    ކާރުތެރެ ހޫނުގަދަވެގެން ތުއްތު ކުއްޖަކު މަރުވެއްޖެ https://heerasnews.com/4407 https://heerasnews.com/4407 ޖަޕާނުގެ ކުމަމޯޓޯ ސިޓީގެ ގެއެއްގެ ގޯތިތެރޭގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރޭގައި ހޭނެތިފައި އޮއްވާ ފެނުނު 11 މަހުގެ ތުއްތު ކުއްޖަކު، ހޫނުގަދަވެގެން ލިބުނު ގެއްލުންތަކުގެ ސަބަބުން މަރުވެއްޖެއެވެ.

     ފުލުހުން ބުނާގޮތުގައި ސަކޫޓޯ ޔަމަޝިތާ ނަމަކަށް ކިޔާ މި ކުއްޖާ ފެނުނީ ބުދަ ދުވަހުގެ މެންދުރުފަހު ކާރުގެ ފަހަތު ސީޓުގައި ހަރުކޮށްފައި ހުރި ކުޑަކުދިންގެ ރައްކާތެރި ގޮނޑީގައި އޮއްވައެވެ. ކުއްޖާގެ މަންމަ ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި، ކާރުގައި ގެއަށް އައުމަށްފަހު ގޭތެރޭގެ މަސައްކަތްތަކާއި އޮފީސް މަސައްކަތްތަކަށް އިސްކަންދެވުމުގެ ސަބަބުން، ގާތްގަނޑަކަށް 30 މިނެޓާއި ގަޑިއިރެއްހާއިރު ވަންދެން ކުއްޖާ ކާރުން ނުބާލައި ބޭއްވުނީއެވެ.

    މެންދުރުފަހު 2:15 އެހާކަންހާއިރު މަންމަ އެނބުރި ކާރު ކައިރިއަށް ދިޔައިރު، ސަކޫޓޯ އޮތީ އެއްވެސް ހަރަކާތެއް ނެތް ހާލަތެއްގައެވެ. ވަގުތުން ކަމާބެހޭ ފަރާތްތަކަށް ގުޅައިގެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހިތް ހުއްޓިފައިވާ ކަމަށާއި، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.

    ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމުން އެނގުނު ގޮތުގައި، ކުއްޖާ މަރުވާން މެދުވެރިވީ ކާރުގެ ތެރޭގައި އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވި "ހީޓްސްޓްރޯކް" އެއްގެ ސަބަބުންނެވެ.

    ކުމަމޯޓޯގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، އެ ދުވަހުގެ މެންދުރުފަހު އެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ 32.5 ޑިގްރީ ސެލްސިއަސްގައެވެ. އަދި އެ ދުވަހަކީ ހޫނުގަދަވުމުގެ ސަބަބުން ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އެ ސަރަހައްދަށް ނެރެފައިވާ ދުވަހެކެވެ.

    ]]>
    Sat, 18 Jul 2026 06:49:56 +0500 އެޑިޓަރ
    ބަނޑުހައިހޫނުކަމުގާ ހުންނަތާ 20 ދުވަސް: ހަޅުތާލު ހުއްޓާލުމެއްނެތް https://heerasnews.com/4408 https://heerasnews.com/4408 އިންޑިއާގެ މަޝްހޫރު އެކްޓިވިސްޓް އަދި ތަޢުލީމީ ދާއިރާގެ އިސް ބޭފުޅެއް ކަމަށްވާ ސޯނަމް ވަންގްޗުކް، އޭނާ ކުރިއަށްގެންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ ނަމަވެސް، އެކަމަށް އޭނާ އިންކާރުކޮށްފިއެވެ.

    އުމުރުން 59 އަހަރުގެ ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނަތާ މިއަދަށް 20 ދުވަސް ވެފައިވާއިރު، އޭނާ ކެއުމުގެ ބަދަލުގައި ބޭނުންކުރަނީ ހަމައެކަނި ލޮނާއި ފެނެވެ. މިކަމުގެ ސަބަބުން އޭނާގެ ބަރުދަނުން 9 ކިލޯއަށްވުރެ ބޮޑަށް ވަނީ ލުއިވެފައެވެ.

    "ބޭރުފުށުން އަހަރެން ވަނީ ބަލިކަށިވެފައި، އެކަމަކު އެތެރެހަށިން އަހަރެން މިއީ ވަރަށް ވަރުގަދަ މީހެއް،" ދިއްލީގެ ޖަންތަރް މަންތަރްގައި އެއްވެފައި ތިބި މީހުންނާ މުހާތަބު ކުރަމުން ވަންގްޗުކް ބުންޏެވެ. އޭނާގެ މި ވާހަކަތަކާއެކު އެތަނަށް އެއްވެ ތިބި މީހުން ވަނީ ވަރަށް ބޮޑަށް އަތްޖަހައި ހިތްވަރު ދީފައެވެ.

    ވަންގްޗުކް މި ހަޅުތާލު ކުރިއަށްގެންދަނީ ތައުލީމީ ދާއިރާއަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލައި އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) އަށް ތާއީދުކުރުމުގެ ގޮތުންނެވެ.

    ހުކުރު ދުވަހު ސީ.ޖޭ.ޕީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ވަންގްޗުކް މީހުންނާ ވާހަކަދައްކާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި މައިކުން ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑު ހުރީ ވަރަށް ބަލިކޮށެވެ.

    އަންނަ ހޯމަ ދުވަހު ސީ.ޖޭ.ޕީން ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖުގެ ހިނގާލުމުގައި ބައިވެރިވުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.

    "އަހަރެމެން އެންމެން އެކުގައި ސުލްހަވެރިކަމާއެކު ޕާލަމެންޓާ ހަމައަށް ހިނގާފައި ގޮސް، ޑިމޮކްރަސީގެ ނަމުގައި އަހަރެމެންގެ ޝަކުވާތައް ހުށަހަޅާނަން،" އޭނާ ބުންޏެވެ.

    މީގެ އިތުރުން ވަންގްޗުކް ސަމާސާ ރާގަކަށް ބުނީ، އެ ހިނގާލުން ބޭއްވުމުގެ ކުރިން އޭނާ މަރުވި ނަމަވެސް، އޭނާގެ "ފުރާނަ" އެ ހިނގާލުމުގައި ބައިވެރިވާނެ ކަމަށެވެ.

    މި މުޒާހަރާގެ ބައިވެރިން އެދެމުންދަނީ އިންޑިއާގެ ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން އިސްތިޢުފާ ދެއްވުމަށެވެ. އެއީ މެޑިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ބޭއްވި މުހިންމު އިމްތިޙާނެއްގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން، މެއި މަހުގެ ކުރީކޮޅު އެ އިމްތިޙާން ކެންސަލްކުރަން ޖެހުމުންނެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މިކަމުގެ އަހުލާގީ ޒިންމާ ވަޒީރު އުފުއްލަވައި މަގާމުން ވަކިވާންޖެހެއެވެ.

    ނަމަވެސް ވަޒީރު ޕްރަދާން ވަނީ ސީ.ޖޭ.ޕީ އާއި އެ ޕާޓީއަށް ތާއީދުކުރާ މީހުންނަކީ ގައުމު ހަލަބޮލިކުރަން އުޅޭ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިހާތަނަށް މުޒާހަރާގެ ބައިވެރިންނާ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ.

    އެހެންނަމަވެސް، އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުން ދަނީ މުޒާހަރާގެ ބައިވެރިންނާ ވާހަކަދެއްކުމަށް ސަރުކާރަށް ބާރުއަޅަމުންނެވެ.

    ބުރާސްފަތި ދުވަހު ދިއްލީގެ ކުރީގެ މުދީރު އަދި އާމް އާދްމީ ޕާޓީ (އޭ.އޭ.ޕީ) ގެ ލީޑަރު އަރުވިންދު ކެޖްރިވާލް ވަނީ ވަންގްޗުކްގެ ގާތަށް ޒިޔާރަތްކުރައްވާފައެވެ. ކެޖްރިވާލް ވަނީ ކޮންމެ އަހަރަކުވެސް އިމްތިޙާން ކަރުދާސްތައް ލީކުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުންނާއި ވަންގްޗުކްގެ އަޑު އެހުމަށް ސަރުކާރަށް ގޮވާލާފައެވެ. އޭނާ އިތުރަށް ވިދާޅުވީ ޕްރަދާން މަގާމުން ވަކިކޮށް، އެ މަގާމަށް ވަންގްޗުކް އައްޔަންކުރަން ޖެހޭ ކަމަށެވެ.

    ޖައްމޫ އެންޑް ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުއްލާ ވިދާޅުވީ، ސިޔާސީ ކަންކަމުގެ އިތުރުން އިންސާނިއްޔަތުކަމަށްވެސް ޖާގަ އޮންނަންޖެހޭނެ ކަމަށެވެ. އަދި ވަންގްޗުކްގެ ހުށަހެޅުންތަކަކީ "ސައްހަ" ހުށަހެޅުންތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ދިއްލީގެ ހައިކޯޓުން ވަނީ މި މައްސަލައިގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ. އަދި ވަންގްޗުކްގެ ސިއްހީ ހާލަތު ގަވާއިދުން ބަލައި، ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ސަރުކާރުގެ ތިން ހޮސްޕިޓަލަކުން ދަނީ ދުވާލަކު ދެ ފަހަރު އޭނާގެ ސިއްހީ ހާލަތު ބަލަމުންނެވެ.

    ]]>
    Sat, 18 Jul 2026 04:05:02 +0500 ނިއުސް ޑެސްކް
    ދޮންނަކުނޑި އާއި ތެލާއި ކެމިކަލް އަޅައިގެން ކިރު ވިއްކަނިކޮށް އަތުލައިގެންފި https://heerasnews.com/4402 https://heerasnews.com/4402 އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުގައި ސާފު ކިރަށް އޯމޯއާއި، ޕާމް އޮއިލް އަދި ކެމިކަލް އެއްކޮށްގެން އުފައްދާފައިވާ 23 މިލިއަނަށް ލީޓަރަށްވުރެ ގިނަ ކިރު އަތުލައިގެންފިއެވެ. ކަމާބެހޭ އިދާރާތަކުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އެކަން މިހާރުވަނީ ފަޅާއަރުވާލާފައެވެ.

    އިންޑިއާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން ހާމަކުރި ގޮތުގައި، މި އަމަލު ހިންގާފައިވަނީ ދާރާޝިވް ޑިސްޓްރިކްޓުގައެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، ކޮންމެ 100 ލީޓަރުގެ ސާފު ކިރަށް 10 ލީޓަރުގެ މަސްނޫއީ ކިރު އެއްކޮށްފައިވެއެވެ. އަދި މިކަމަށްޓަކައި 230,000 ކިލޯއަށްވުރެ ގިނަ ދަށް ފެންވަރުގެ ހިކި ކިރު ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

    ސިއްހީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، މިފަދަ ގޮތްގޮތަށް އުފައްދާ ކިރު ބޭނުންކުރުމަކީ ފުރަމޭ، ކިޑްނީ އަދި ހަޖަމުކުރާ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. މީގެ ނުރައްކާ ކުޑަކުދިންނާއި، މާބަނޑު މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ވަކިން ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

    އެފް.ޑީ.އޭގެ ޑިރެކްޓަރު ތުކާރާމް މުންދޭ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް ކިރުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް އިތުރުވާތީ، މިފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    މިއީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ފެންމަތިވަމުންދާ މިފަދަ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. މިއަހަރުގެ ކުރީކޮޅު ގުޖުރާތުން ވެސް މިފަދަ ގަވާއިދާ ހިލާފަށް މަސްނޫއީ ކިރު އުފައްދާ ތަނެއް ވަނީ އަތުލައިގަނެފައެވެ.

    ]]>
    Thu, 16 Jul 2026 13:09:30 +0500 ނާއިރާ
    މުޅިޓީމު އޮތީ އެންމެ ކުޅުންތެރިއަކު އެ މީހުން ސަލާމަތް ކުރާނެކަމަށް: ޒިދާން https://heerasnews.com/4399 https://heerasnews.com/4399 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ސްޕެއިން އަތުން 2-0 އިން ބަލިވެ، ފްރާންސް ކަޓައިގެން ދިއުމާ ގުޅިގެން ޒައިނުއްދީން ޒިދާނު އެކަން ސިފަކުރާގޮތް ބަލާލުމަކީ މުހިންމުކަމެކެވެ. ޒިދާނަކީ ފްރާންސްގެ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ ކުޅަދާނަ އަދި އެހާމެ މަޝްހޫރު ތަރިއެކެވެ. ދުނިޔޭގެ އެންނެ މޮޅުކުޅުން ތެރިންގެ ތެރެއިންވެސް މޮޅުކުޅުން ތެރިއެކެވެ.

    "މިއީ ލަދުވެތި ނަތީޖާއެއް. ފްރާންސް ޓީމުގައި މިހާރު ތިބި ހުނަރުވެރި ކުޅުންތެރިންނަށް ބަލާއިރު، މިގޮތަށް މުބާރާތުން ވަކިވާންޖެހޭ އެއްވެސް އުޒުރެއް ނެތް." ކަމަށް ޒިދާނު ގަބޫލުކުރެއެވެ. ވަރަށް ބޮޑަށް މޮޅުވާން ބޭނުންވެފައި ތިބި ތަން ސްޕެއިނުން ފެނުކަމަށާއި އެމީހުން މާ ހިތްވަރާއެކު މަސައްކަތްކޮށް، މާ ބޮޑަށް ބުއްދީގެ ބޭނުން ހިފައިގެން ކުޅުނު ކަމަށް ޒިދާނު ބުންޏެވެ. ޒިދާން ބުނީ "ފްރާންސްގެ ކުޅުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫން" ކަމަށެވެ.

    ފްރާންސްގެ ސްކޮޑުގައި ހުރި ފެންވަރާ ބެހޭގޮތުން މީހުން ދައްކާ ވާހަކަ އަޑުއަހާ އަހާ މިހާރު ފޫހިވެއްޖެ ކަމަށް ބުނަމުން ޒިދާން ބުނީ އެންމެ މުހިންމު ވަގުތުގައި ކުޅުންތެރިންގެ ކިބައިން ހިތްވަރާއި ފަންވަރު ނުފެންނަނަމަ، އެ ފެންވަރުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

    ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަކީ މޮޅެތި ކުޅުންތެރިން އެމީހުންގެ ހަގީގީ ފެންވަރު ސާބިތު ކޮށްދޭން ޖެހޭ ވަގުތު ކަމަށާއި ފިލަންވީ ވަގުތެއް ނޫން ކަމަށް ޒިދާނު ބުންޏެވެ.

    ސްޕެއިން މެޗުގެ ކޮންޓްރޯލް އަތުލީ ފްރާންސުން އެ ފުރުސަތު އެ މީހުންނަށް ދިނުމުން ކަމަށާއި މެޗުގެ ކުރިމަތިލުންތަކުގައި ފްރާންސް މާ ބޮޑަށް ބަލިކަން ޒިދާނު ފާހަގަކުރިއެވެ. މާ ފަސޭހައިން ބޯޅަ ގެއްލުވާލިކަމަށް ބުނަމުން ޒިދާން ބުނީ މުޅި ޓީމު އޮތީ އެންމެ ކުޅުންތެރިއަކު އެމީހުން ސަލާމަތްކުރާނެ ކަމުގެ އިންތިޒާރުގައި ކަހަލަ ގޮތަކަށް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ފަދަ ވިސްނުމެއް ނޫން ކަމަށް ޒިދާނު ބުނެއެވެ.

    "ފްރާންސްގެ ގައުމީ ޖާޒީގައި ކުޅޭއިރު، ތަމްސީލުކުރަނީ މުޅި ގައުމު. މިރޭ ވަރަށް ގިނަ ކުޅުންތެރިން އެ ޒިންމާ އަދާކުރުމުގައި ފެއިލްވެއްޖެ. ކުޅުމުގައި އެއްވެސް އަވަސްކަމެއް ނެތް، އެކަށީގެންވާ ވަރުގަދަ ސަހުސިއްޔަތެއް ނުފެނުނު، އަދި ބޭނުންވާ މިންވަރާ ގާތަށްވެސް ހިތްވަރެއް ނުދެއްކި" ޒިދާނު އަސަރާއެކު ބުންޏެވެ.

    ނަސީބު ދެރައީއޭ ކިޔައިގެން ޝަކުވާ ނުކުރުމަށާއި ރެފްރީއަކަށް ނުވަތަ ޓެކްޓިކްސްއަކަށްވެސް ބަދުނާމު ނާޅުވާ، ކޮންމެ ކުޅުންތެރިއަކު އެމީހެއްގެ އަމިއްލަ ނަފްސަށް ޒިންމާ ނަގަން ޖެހޭކަމަށް ޒިދާނު ބުނެއެވެ. ސްޕެއިން ފައިނަލަށް ދާން ހައްގުވީ އެމީހުން މާ މޮޅަށް ކުޅުނީތީ ކަމަށް ޒިދާނު ގަބޫލުކުރެއެވެ.

    ޒިދާނު ބުނިގޮތުގައި މި ބަލިވުމުގެ އިހުސާސް ކޮންމެ ކުޅުންތެރިއަކަށްވެސް ކުރެވެންޖެހޭނެއެވެ. ސަބަބަކީ އެމީހުން އެ ބޭކާރުކޮށްލީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. މި ފެންވަރުގައި ހަމައެކަނި ހުނަރުން ވޯލްޑް ކަޕެއް ކާމިޔާބެއް ނުކުރެވޭނެއެވެ. ކާމިޔާބު ލިބޭނީ ސާބިތުކަމާއި ވަރުގަދަ އަޒުމެއް އޮވެގެންނެވެ. ޒިދާނު ގަބޫލުކުރާ ގޮތުގައި މި ފަހަރު ސްޕެއިން އެކަން ދައްކައިފިއެވެ. އެކަމަކު ފްރާންސަކަށް އެކަމެއް ނުވިއެވެ. 

    ]]>
    Wed, 15 Jul 2026 13:15:53 +0500 ނިއުސް ޑެސްކް
    ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް 16 ދުވަސް https://heerasnews.com/4397 https://heerasnews.com/4397 ނިއުދިއްލީ: އިންޑިއާގެ ތިމާވެށީގެ ހަރަކާތްތެރިޔާ އަދި ތައުލީމީ ދާއިރާގެ އިސްލާހީ މަސައްކަތްތެރިޔާ ސޯނަމް ވަންގްޗުކް، ނިއުދިއްލީގައި ކުރިއަށްގެންދަވާ ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް 16 ދުވަސް ވެފައިވާއިރު، އޭނާގެ ސިއްހީ ހާލަތު ދަށްވަމުންދާތީ އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. މި ހަޅުތާލުގެ ތެރޭގައި މިހާތަނަށް އޭނާގެ ބަރުދަނުން 8.2 ކިލޯ ވަނީ ލުއިވެފައެވެ.

    މެޑިކަލް ރިޕޯޓްތަކުން ދައްކާގޮތުގައި، އުމުރުން 59 އަހަރުގެ ވަންގްޗުކްގެ ލޭގެ ޕްރެޝަރާއި ހަކުރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ސަބަބުން ޑޮކްޓަރުންނާއި އޭނާގެ ސަޕޯޓަރުން ވަނީ ހަޅުތާލު ހުއްޓާލުމަށް އޭނާއަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް، ވަންގްޗުކް ހުންނެވީ އޭނާގެ ނިންމެވުމުގައި ސާބިތުކަމާއެކުގައެވެ. އޭނާ ވިދާޅުވީ، އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހުކޮށް، ކަމާބެހޭ ފަރާތްތައް ޒިންމާދާރުކުރުވުމަށް އޭނާ ހުށަހަޅާފައިވާ ކަންކަމަށް އެދެވޭ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލައްވާނެ ކަމަށެވެ.

    ޖަންތަރު މަންތަރުގައި ކުރިއަށްދާ މި އިހުތިޖާޖަކީ 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީ.ޖޭ.ޕީ) އިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ 'ނީޓް-ޔޫޖީ' އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި، ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލުމެވެ.

    ވަންގްޗުކްގެ ހާލަތު ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް، ދަރިވަރުންނާއި، އެކްޓިވިސްޓުންނާއި އަދި އާންމު ފަރާތްތަކުން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ދަނީ އިހުތިޖާޖު ކުރާ ސަރަހައްދަށް އެއްވަމުންނެވެ. އިހުތިޖާޖު އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވަނީ، ސަރުކާރުން މިކަމުގައި މަޝްވަރާ ނުފަށައިފިނަމަ، ޖުލައި 20 ވަނަ ދުވަހު ޕާލަމެންޓަށް މާޗް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

    ސޯނަމް ވަންގްޗުކް އަކީ ފެން ރައްކާތެރިކުރުމުގެ މަޝްރޫއެއް ކަމަށްވާ "އައިސް ސްޓޫޕާ" އުފެއްދެވުމުގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު ފިލްމު "3 އީޑިއަޓްސް" ގެ 'ފުންސުކް ވަންގްދޫ' ގެ ކެރެކްޓަރަށް އިންސްޕިރޭޝަން ލިބުނު ފަރާތުގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރު ބޭފުޅެކެވެ.

    ]]>
    Tue, 14 Jul 2026 13:48:43 +0500 ނާއިރާ
    ކެތަން މަރާލީ ރާޖާ މަރާލުމުގައި ހެދުނު ގޯސްތައް ދެނެގަތުމަށްފަހު https://heerasnews.com/4393 https://heerasnews.com/4393 ޕޫނޭގެ ވިޔަފާރިވެރިއެއް ކަމަށްވާ ކެތަން އަގަރްވާލް މަރާލި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން ތުހުމަތު ކުރާ ގޮތުގައި، އެކަން ރޭވި ސިޔާ ގޯޔަލް ވަނީ މީގެ ކުރިން މޭގަލަޔާގައި ހިނގި "ހަނީމޫން މާޑަރ" ކޭސް ވަރަށް ގާތުން ބަލައި، އޭގެ އެހީގައި އޭނާގެ ވާންއުޅޭ ފިރިމީހާ މަރާލުމުގެ ރޭވުންތައް ފުރިހަމަކޮށްފައެވެ.

    ކެތަން އަގަރްވާލް އާއި ރާޖާ ރަގުވަންޝީގެ މަރުގެ ހާދިސާގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ. މި ދެ ހާދިސާގައިވެސް މަރުވި މީހުން ވައްޓާލާފައި ވަނީ ފަރުބަދަމަތީގެ އުސް ހިސާބަކުން ތިރިއަށެވެ. ނަމަވެސް، ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ސިޔާ ގޯޔަލް އާއި އޭނާއަށް އެހީތެރިވި ޗޭތަން ޗައުދަރީ ވަނީ ސޯނަމް ރަގުވަންޝީގެ މައްސަލައިގައި ހެދުނު ގޯސްތަކުން އިބުރަތް ހާސިލްކޮށްފައެވެ. މި ދެމީހުން ވަނީ ކުށުން ބަރީއަވުމަށް ވަރުގަދަ އުޒުރުތަކެއް ދައްކައި، ވަރަށް ފަރުވާތެރިކަމާއެކު މި ޖަރީމާ ހިންގާފައެވެ. މީގެ ސަބަބުން ތަހުގީގަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

    ތަހުގީގުގައި ބައިވެރިވި އޮފިސަރަކު ވިދާޅުވި ގޮތުގައި، މި މަރު ހިންގާފައިވަނީ ސިޔާ ރޭވި ގޮތަށް އެއްވެސް ބަދަލެއް ނައިސް ސީދާ އެގޮތަށެވެ. މިއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި ކުށެއްތޯ ސުވާލުކުރުމުން އޮފިސަރު ވިދާޅުވީ، މިއީ އަމިއްލަ ގުޅުންތަކާއި އޭނާގެ ވިސްނުން ހުރިގޮތުން، މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ މިއީ ކަމަށް ގަބޫލުކުރެވިގެން ކުރި ކަމެއް ކަމަށެވެ. މީގެ އިތުރުން އާއިލާތަކުގެ މެދުގައި އޮތް މުއާމަލާތްތަކާއި އިޖުތިމާއީ ގަބޫލުކުރުންތަކަކީވެސް މިކަމަށް މަގުފަހިވި ސަބަބުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

    ފުލުހުން ބުނާ ގޮތުގައި، ސިޔާ އާއި ޗޭތަންއާ ސުވާލުކުރެވުނު އިރު، ކެތަންގެ މަރާމެދު އެއްވެސް ވަރެއްގެ ދެރަވުމެއް ނުވަތަ ހިތާމައެއް އެމީހުން ފާޅެއް ނުކުރެއެވެ. ތަހުގީގުން ހާމަވާ ގޮތުގައި، ކެތަން ފަރުބަދަމަތިން ތިރިއަށް ވައްޓާލާފައިވަނީ ދެމީހުން އެކުވެގެންނެވެ. އެއީ އެކަނި އެކަން ކުރަން އުޅެފިނަމަ ކެތަން ތިރިއަށް ނުވެއްޓިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

    މައްސަލައިގައި ޑިޖިޓަލް ހެކިތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސިޔާގެ ފޯނުގެ ބްރައުޒިން ހިސްޓްރީން ފެނުނު ގޮތުގައި، އޭނާ ވަނީ މޭގަލަޔާގައި ހިނގި ރާޖާ ރަގުވަންޝީގެ މަރުގެ މައުލޫމާތު ހޯދާފައެވެ. މީގެ އިތުރުން، ފުލުހުންގެ ބަންދުގައި ތިބޭއިރު އަންހެނުންނަށް އަނިޔާ ކުރޭތޯއާއި، އަންހެން ކުށްވެރިންނަށް ލިބިދޭ ގާނޫނީ ހައްގުތަކަކީ ކޮބައިތޯވެސް އޭނާ އިންޓަނެޓުން ހޯދާފައިވެއެވެ. ސިޔާގެ ގެއިން ފެނުނު އިތުރު ފޯނެއް މިހާރު ވަނީ ފޮރެންސިކް ތަހުގީގަށް ފޮނުވާފައެވެ.

    މި ހާދިސާއާ ގުޅިގެން ރާޖާ ރަގުވަންޝީގެ މަންމަ، އުމާ ރަގުވަންޝީ ބުނީ، ކެތަންގެ މަރުގެ ހާދިސާއިން އޭނާގެ ދަރިފުޅުގެ މަރު ހަނދާންވެގެން ދިޔަ ކަމަށެވެ.

    23 މޭ 2025 ގައި، އިންޑޯރަށް ނިސްބަތްވާ އަލަތު ކައިވެނިކޮށްގެން އުޅުނު ރާޖާ އާއި ސޯނަމް މޭގަލަޔާއަށް ހަނީމޫނަށް ގޮސް އުޅެނިކޮށް ގެއްލުނެވެ. ރާޖާގެ ހަށިގަނޑު ފެނުނީ ޖޫން މަހުގެ 2 ވަނަ ދުވަހު ފުން އަޑިގަނޑަކުންނެވެ. މޭގަލަޔާ ފުލުހުން މިހާރު ދަނީ ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައިގެން އެ މައްސަލަ ބަލަމުންނެވެ.

    ]]>
    Tue, 14 Jul 2026 00:37:18 +0500 ނިއުސް ޑެސްކް
    ޓެލާ&ޖޯއި ގެ ލަކީ: 7 އެޕިސޯޑްގެ ކްރައިމް ތުރިއްލާ ރިލީސްކޮށްފި https://heerasnews.com/4392 https://heerasnews.com/4392 މަޝްހޫރު ބަތަލާ އާންޔާ ޓޭލާ-ޖޯއި މި ދުވަސްވަރު ފެންނަނީ އޭނާއަށް އާ މާހައުލަކުންނެއް ނޫނެވެ. އެއީ ހަނަފަސް ސަހަރާއެއްގެ ތެރޭގައި ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާ މަންޒަރެވެ.

    މީގެ ކުރިން "ފިއުރިއޯސާ" އަދި ކުރިއަށް އޮތް "ޑޫން: ޕާޓް ތްރީ" އިން އޭނާ ފެނިގެންދިޔައީ މިފަދަ މާހައުލަކުންނެވެ. މިހާރު އޭނާ ފެންނަނީ އެޕަލް ޓީވީގެ ކްރައިމް ތުރިއްލާ "ލަކީ" އިންނެވެ. ކެލިފޯނިއާގެ ގަދަ އަވީގައި ކުޅެފައިވާ މި ސިލްސިލާގައި، އޭނާގެ ހިތްގައިމު ސޫރަ ލެއިން ތަތްތެޅިގެންދާއިރު، ނުލަފާ މީހުންނާ ކުރިމަތިލައި ހަނގުރާމަކުރާ މަންޒަރުތައް ފެނިގެންދެއެވެ.

    "ބަލާބަލަ، މިހާރު އަހަރެން ސަހަރާގައި އުޅެވުނު އަދަދެއް ވެސް ނޭނގެ. އަހަރެންގެ ސިފަ ސަހަރާއެއްގައި އުޅޭ މަހްލޫގަކާ ނުގުޅުނަސް، އަބަދުވެސް މި ހުންނަނީ އެކަހަލަ ތަންތަނުގައި. އެކަމަކު އަހަރެން އެކަމާ ވަރަށް ގަޔާވޭ،" ޓޭލާ-ޖޯއި ބުންޏެވެ. "މީހުން ބޭނުންވަނީ އަހަރެން ތަހައްމަލުކުރާ މަންޒަރު ބަލަން، އަދި އެކަމުން ސަލާމަތްވާތަން ދެކެން. ނަސީބަކުން އަހަރެން ވެސް އެކަންކަން ކުރަން ބޭނުންވޭ."

    މަރީސާ ސްޓޭޕްލީގެ ނޮވެލްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސިލްސިލާގައި އޭނާ ކުޅެނީ މަކަރާއި ހީލަތުން ކަންކަން ކުރާ އަންހެނެއްގެ ރޯލެވެ. ހޮޓަލެއްގެ ކޮޓަރިއެއްގައި ހޭލެވޭއިރު، އޭނާއަށް އެންމެ އިތުބާރުކުރެވޭ މީހާ އޭނާއަށް ދޯކާދީފައިވާކަން އެނގުމުން، ފުރާނަ ސަލާމަތްކުރުމަށްޓަކައި ދުވަން މަޖުބޫރުވެއެވެ.

    ގެއްލިފައިވާ 10 މިލިއަން ޑޮލަރެއްގެ މައްސަލައިގައި އެފްބީއައި އާއި ނުލަފާ ގޭންގް ލީޑަރެއް ވެސް ދަނީ އޭނާ ހޯދަން މަސައްކަތް ކުރަމުންނެވެ. އޭނާގެ ބައްޕައަކީ އޭނާއަށް ކުށްކުރަން ދަސްކޮށްދިން މީހާ ނަމަވެސް، މިހާރު ޖަލުގައި ހުރުމުގެ ސަބަބުން އެހީތެރިވެވެނީ ހަމައެކަނި ފޯނުން ދޭ އިރުޝާދުތަކުންނެވެ.

    އެގްޒެކެޓިވް ޕްރޮޑިއުސަރު ލޯރެން ނިއުސްޓެޑްޓާ ބުނި ގޮތުގައި، މި ސިލްސިލާ ފެށޭއިރު "ލަކީ" ހުރީ އޭނާގެ ހަޔާތުގެ މުހިންމު ނިންމުމެއް ނިންމަން ޖެހިފައިވާ ހިސާބެއްގައެވެ. އަމިއްލަ މުސްތަގުބަލު ބައްޓަންކޮށް، ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތް އޭނާ އަމިއްލައަށް ނިންމަން ޖެހެއެވެ.

    ހަތް އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާ ބުދަ ދުވަހު ދައްކަން ފަށާފައިވާއިރު، ފުރަތަމަ އެޕިސޯޑުގައި ވެސް ކާރެއްގެ ޑިިކީ ތެރެއިން ސަލާމަތްވާން އޭނާ ކުރާ މަސައްކަތާއި، ނުލަފާ މީހެއްގެ ކަރަށް އިސްކުރު އަނބުރާ ކަށި (ސްކްރޫޑްރައިވަރު) ހަރާލައި، ސަހަރާގެ ތެރޭގައި އެކަނިވާ މަންޒަރު ފެނެއެވެ. "މިހާ ކުޑަކުޑަ އަންހެން ކުއްޖަކު މިހާ ބޮޑު މުސީބާތަކަށް ވީ ކިހިނެއް؟" އެކަކު ސުވާލުކުރާ އަޑު އިވެއެވެ.

    ނިއުސްޓެޑްޓާ އިތުރަށް ބުނި ގޮތުގައި، މި ސިލްސިލާގައި ލަކީގެ ޝަހުސިއްޔަތު ބަދަލުވަމުންދާ ގޮތް ފެނިގެންދާނެއެވެ. މަކަރު ހެދުމުން ފެށިގެން، އޭނާގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތަކީ މި ސިލްސިލާގެ އެންމެ ހާއްސަ އެއް ސިފައެވެ.

    މި ސިލްސިލާގައި އާންޔާގެ އިތުރުން އެނެޓް ބެނިންގް، ޑްރޫ ސްޓާކީ އަދި ޓިމޮތީ އޮލިފަންޓް ފެނިގެންދެއެވެ. މި ސިލްސިލާގެ މިއުޒިކަކީ ވެސް އަންހެން ފަންނާނުންގެ ހުށަހެޅުންތަކުން ފުރިގެންވާ ހިތްގައިމު މަސައްކަތެކެވެ.

    ބެނިންގް ކުޅެނީ ވަރުގަދަ ގޭންގް ލީޑަރެއްގެ ރޯލެވެ. އޭނާގެ ރޯލަކީ އަމިއްލަ ދަރިފުޅު ސަލާމަތްކުރުމާއި، ކުރީގެ ލޯބިވެރިޔާ އަދި ނުލަފާ ބޮސްއާ ދެމެދު ތާށިވެފައިވާ މީހެއްގެ ރޯލެވެ. އޭނާގެ ކެރެކްޓަރަކީ އަނިޔާ ލިބިފައިވާ، އަދި ހަމައެހެންމެ އަނިޔާވެރި މީހެއްގެ ސިފަތައް އެކުލެވޭ ރޯލެކެވެ.

    ރީސް ވިދަރސްޕޫންގެ "ހެލޯ ސަންޝައިން" ކުންފުނިން އާންޔާއަށް މި ފުރުސަތު ހުށަހެޅީ ހަމައެކަނި ބަތަލާއެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ ފުރަތަމަ "އެގްޒެކެޓިވް ޕްރޮޑިއުސަރު" ގެ މަގާމު ވެސް މި ސިލްސިލާއިން ވަނީ އޭނާއަށް ދީފައެވެ. އާންޔާ ބުނި ގޮތުގައި، މި ވާހަކައަށް އޭނާގެ ހިތް ލެނބި، މި މަޝްރޫއުގައި ޕްރޮޑިއުސަރެއްގެ ގޮތުން ހިއްސާވުމަކީ އޭނާ ވަރަށް ބޭނުންވި ކަމެކެވެ.

    ޖޮނަތަން ޓްރޮޕާ އާއި ކެސީ ޕެޕަސް އުފައްދާފައިވާ މި ސިލްސިލާއަކީ ކްރައިމް ތުރިލާއެއް ނަމަވެސް، މީގެ މައިގަނޑު އަސާސަކީ އާއިލީ ގުޅުމެވެ. އާއިލީ ތަރުބިއްޔަތުގެ ސަބަބުން އިންސާނާގެ މުސްތަގުބަލަށް ކުރާ އަސަރާއި، އެ މަގު ބަދަލުކޮށް އާ ހަޔާތެއް ފެށުމަށް ކުރާ މަސައްކަތް މީގައި ދައްކުވައިދެއެވެ.

    ލަކީ ބޮޑުވީ އޭނާގެ ބައްޕައާ އެކު މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގައެވެ. ނަމަވެސް، މިހާރު އޭނާ ބޭނުންވަނީ އެ ހުނަރުތަކުގެ ބޭނުންކޮށްގެން އަމިއްލަ ފުރާނަ ސަލާމަތްކޮށް، ރަނގަޅު ދިރިއުޅުމެއް ހޯދުމަށެވެ.

    ޓޭލާ-ޖޯއި ބުނި ގޮތުގައި، ކެމެރާގެ ކުރިމަތީގައި ނުރައްކާތަކާ ކުރިމަތިލުމުގެ އިތުރުން، ކެމެރާގެ ފުރަގަހުގައި ކާސްޓުން ހޮވުމާއި ސިލްސިލާގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. "އަހަރެމެން މި މަސައްކަތް ކުރީ ވަރަށް އުފަލާއެކު. އެކަން ސިލްސިލާ ބަލާއިރު އިހުސާސް ކުރެވޭނެ،" ހިނިތުންވުމާއެކު އޭނާ ބުންޏެވެ.

    ]]>
    Mon, 13 Jul 2026 23:35:58 +0500 ނިއުސް ޑެސްކް
    ކުޑަކުއްޖަކު ރަހީނުކޮށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފި https://heerasnews.com/4389 https://heerasnews.com/4389 ރަހީނުކޮށްގެން އުޅޭކަމަށް ބުނެ އަންހެން ކުއްޖަކު އެމެރިކާ މޮންރޯ ކައުންޓީ ފުލުހުންގެ އިމަޖެންސީ ނަންބަރަށް ގުޅައި ރިޕޯޓުކުރުމާ ގުޅިގެން، ކްރިސްޓޮފަރ މައިކަލް ވައިޓް ނަމަކަށް ކިޔާ އުމުރުން 53 އަހަރުގެ ފިރިހެނަކު އެމެރިކާގައި ވަނީ ހައްޔަރުކޮށްފައެވެ.

    ޖޫން މަހުގެ 21 ވަނަ ދުވަހު ޔޫއެސްއޭގެ މޮންރޯ ކައުންޓީގެ ޝެރިފް އޮފީހުގެ ފަރާތުން އެ ގެއަށް ދިޔައީ، ނަން ހާމަކޮށްފައިނުވާ ފުރާވަރުގެ އަންހެން ކުއްޖަކު އޭނާ ރަހީނުކޮށްފައިވާ ކަމަށް ބުނެ ފޯނުން ގުޅުމުންނެވެ. ފުލުހުން އެތަނަށް ދިޔައިރު، އެ ކުއްޖާ ފެނިފައިވަނީ ހެދުން ހިއްކާ މެޝިނެއްގެ ތެރޭގައި އޮއްވައެވެ. އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.

    ތަހުގީގަށް އެނގިފައިވާ ގޮތުގައި، ކްރިސްޓޮފަރ މައިކަލް ވައިޓް ވަނީ އެ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގާފައެވެ. އަދި އެ ކުއްޖާ އެތަނުން ދާން ބޭނުންވުމުން، އޭނާ ވަނީ އެ ކުއްޖާ ހިފަހައްޓައި، ފޯނު އަތުލުމަށްފަހު ހިއްކާ މެޝިނަށް ލާފައި ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

    މީގެ އިތުރުން، އެ މައްސަލައިގެ ހެކި ހޯދުމަށް ފުލުހުން އެ ގެ ބަލައި ފާސްކުރިއިރު، އެތަނުން ސައްހަ ނޫން ފައިސާ (ވަގު ނޫޓު) ފެނިފައިވާތީ، އެމެރިކާގެ ސީކްރެޓް ސާވިސްއަށް ވެސް އެކަން ވަނީ އަންގާފައެވެ.

    ރިޕޯޓް ލިބޭގޮތުގައި އެ ކުއްޖާއަކީ އެހެން ސްޓޭޓަކަށް ނިސްބަތްވާ ކުއްޖެކެވެ. އަދި އެ ކުއްޖާއާ އެ މީހާއާ ދިމާވީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ.

    ވައިޓް ހައްޔަރުކޮށްފައި ވަނީ ހަމަ އެ ދުވަހުއެވެ. އޭނާގެ މައްޗަށް ކުޑަކުއްޖަކު ރަހީނުކުރުމާއި، ކުޑަކުއްޖެއްގެ ބެލެނިވެރިކަމަށް ހުރަސްއެޅުމާއި، އަދި ކުޑަކުއްޖަކާ އެކު ގައިރު ގާނޫނީ ޖިންސީ އަމަލު ހިންގުމުގެ ދައުވާ ވަނީ އުފުލާފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކަށް އިތުރު ދައުވާތައް ކުރެވޭނެ ކަމަށް ބެލެވެއެވެ.

    ]]>
    Sat, 11 Jul 2026 17:58:08 +0500 އެޑިޓަރ
    ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، 28 މީހުން މަރުވެއްޖެ https://heerasnews.com/4385 https://heerasnews.com/4385 ޗައިނާގެ އިރުމަތީ ފޫޖިއަން ޕްރޮވިންސްގެ ޖިންޖިއަން ސިޓީގެ ޖިއަންގތޯ އަވަށުފައި ހުންނަ ފައިވާން އުފައްދާ ފެކްޓްރީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަދުވެގެން 28 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު މެންދުރު 12:04 ހާއިރުއެވެ.

    ހާދިސާއާ ގުޅިގެން ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ޓީމުތަކުން މީހުން އެ ސަރަހައްދަށް ގޮސްފައިވެއެވެ. އަލިފާން ނިއްވާ މީހުންނާއި ސަލާމަތީ ހިދުމަތްތަކުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދިޔައިރު، އެމްބިއުލާންސްތައް ވެސް ވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފައެވެ.

    ހާދިސާގެ ކުރީކޮޅު ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ގިނަ ބަޔަކު އިމާރާތުގެ ތެރޭގައި ތާށިވެފައި ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމާރާތުގައި ބޯކޮށް ދުން ފެތުރި އަލިފާންގަނޑު ބޮޑުވަމުން ދިޔަ ވަގުތު ބައެއް މަސައްކަތްތެރިން ތިބީ ސަލާމަތް ނުވެވި އިމާރާތުގެ ފުރާޅުމަތީގައެވެ. ހާދިސާގެ ނުރައްކާތެރިކަން ހުރި ގޮތުން، ފުރަތަމަ ކޮޅު ސަލާމަތީ ހިދުމަތްތަކަށް ފެކްޓްރީގެ ބައެއް ސަރަހައްދުތަކަށް ވަނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.

    ޗައިނާގެ މިނިސްޓްރީ އޮފް އިމަޖެންސީ މެނޭޖްމަންޓާއި ނޭޝަނަލް ފަޔަރ އެންޑް ރެސްކިއު އެޑްމިނިސްޓްރޭޝަނުން ވަނީ، މީހުން ސަލާމަތް ކުރުމާއި ހާދިސާ ތަހުގީގު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ ޓީމެއް އެ ސަރަހައްދަށް ފޮނުވާފައެވެ.

    މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހުގީގު ދަނީ ކުރަމުންނެވެ.

    ]]>
    Fri, 10 Jul 2026 15:32:16 +0500 ނާއިރާ
    ފާމަސިސްޓަކު އަނބިމީހާ މަރާލުމަށްފަހު އަނބިމީހާގެ މަސްކައިފި https://heerasnews.com/4382 https://heerasnews.com/4382 އަމިއްލަ އަނބިމީހާ މަރާލައި، އޭނާގެ ހަށިގަނޑުގެ ބައެއް ކައި ހެދި ކަމަށް ތުހުމަތުކުރެވޭ ފާމަސިސްޓަކު، އެމެރިކާގެ (911) އިމަޖެންސީ ނަންބަރަށް ގުޅައި "އޭނާ އޮތީ ތެލުލި ކުކުޅެއްހެން މަރުވެފައި" ކަމަށް ބުނި މައްސަލައެއް ފެންމަތިވެއްޖެއެވެ.

    ޓެނެސީގެ ވިލިއަމްސަން ކައުންޓީގައި ހިނގި މި ހާދިސާއާ ގުޅިގެން، އުމުރުން 57 އަހަރުގެ ޑަގްލަސް "ކާކް" ރޯލްގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައެވެ.

    ޖުލައި މަހުގެ 1 ވަނަ ދުވަހު ޑަގްލަސް 911 އަށް ގުޅައި، އޭނާގެ އުމުރުން 52 އަހަރުގެ އަނބިމީހާ އެލިސަން "ޗޭ ޗޭ" ރޯލް މަރާލި ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

    "ލޯ އެންޑް ކްރައިމް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަނބިމީހާގެ ގަޔަށް ބަޑިޖެހީ ކީއްވެގެންތޯ ސުވާލުކުރުމުން، އޭނާ ބުނީ "އަސްލުވެސް އަހަންނަށް ހީވީ އެއީ ޝައިތާނެއް ކަމަށް، އަދި އަހަންނަކީ ކަލާނގެ ދަރިއެއް ނުވަތަ އީސާގެފާނު ކަމަށް" ހީވީ ކަމަށެވެ.

    އަނބިމީހާ އަދިވެސް ނޭވާލާތޯ ޑިސްޕެޗަރު ސުވާލުކުރުމުން ޑަގްލަސް ބުނެފައިވަނީ، "ނޫން، އޭނާ އޮތީ ތެލުލި ކުކުޅެއްހެން މަރުވެފައި" ކަމަށެވެ.

    ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ޑަގްލަސް ހުރީ ގޭގެ ބޭރުގައި އޭނާގެ އަންނައުނު ބާލާށެވެ. ފުލުހުންގެ އަމުރަށް ކިޔަމަންނުވުމުން، "ޓޭޒާ" ބޭނުންކޮށްގެން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

    ހަބަރުތައް ބުނާގޮތުގައި އެލިސަން ފެނުނުއިރު އޭނާގެ ހަށިގަނޑަށް ބަޑީގެ ހަމަލާތަކެއް ވަނީ އަރާފައެވެ. އަދި އޭނާ ވަނީ ހާދިސާ ހިނގި ތަނުގައި މަރުވެފައެވެ.

    ވިލިއަމްސަން ކައުންޓީގެ ޝެރިފް އޮފީހުން ޑަގްލަސް ހައްޔަރުކުރިކަން އިއުލާންކުރީ ޖުލައި 2 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރި ވަގުތު ނިތްކުރިއަށް ލިބުނު އަނިޔާތަކަށް ފަރުވާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

    މައްސަލައިގެ ތަހުގީގަށް ޑަގްލަސް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، އޭނާ ސޯފާގައި ނިދާފައި އޮއްވައި އަނބިމީހާ އައިސް ހޭލެއްވުމުން ދެމީހުންގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށެވެ. އަދި އޭނާ އަނބިމީހާގެ ގައިމައްޗަށް އަރައި އޭނާގެ ބޯ ހަށިގަނޑާ ވަކިކުރަން މަސައްކަތްކުރި ކަމަށާއި، އެކަން ކާމިޔާބު ނުވުމުން މޭގެ އެކި ތަންތަނަށް ބަޑިޖެހީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

    އޭގެއިތުރުން، އެއީ ހަގީގަތުގައި ހިނގި ކަމެއްކަން ޔަގީން ނުވާތީ، އަދިވެސް އެއީ ޝައިތާނެއް ކަމަށް ގަބޫލުކުރެވޭތީ، އަނބިމީހާގެ ހަށިގަނޑުން ބައެއް ކާން މަސައްކަތްކުރި ކަމަށްވެސް އޭނާ އިއުތިރާފުވެފައިވެއެވެ.

    ޑަގްލަސްއަކީ ހުއްދަ ލިބިފައިވާ ފާމަސިސްޓެކެވެ. އެމީހުންގެ އަވަށްޓެރިއެއް ކަމަށްވާ އެނާ ބޯލްޑްވިން ބުނި ގޮތުގައި، އެލިސަން މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާއާ ވާހަކަ ދެއްކިއެވެ. އަދި އެ ގޭތެރޭގައި ގެވެށި އަނިޔާގެ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ބޯލްޑްވިން ބުންޏެވެ.

    ބޯލްޑްވިން އިތުރަށް ބުނިގޮތުގައި އެ ގޭތެރޭގައި ކޮންމެވެސް އާދަޔާ ހިލާފު ކަންތައްތަކެއް ހިނގާކަން އެނގެއެވެ. އެލިސަން އޭނާގެ މަންމައާ ވަރަށް ގާތް ގުޅުމެއް ބާއްވައި، އަމިއްލަ ދިރިއުޅުމުގެ ބައެއް ސިއްރުތައް ހިއްސާކުރި ކަމަށްވެސް ބޯލްޑްވިން ބުންޏެވެ.

    ކޯޓުން މިހާރު ވަނީ ޑަގްލަސްގެ ޕެރޯލަށް 2.5 މިލިއަން ޑޮލަރު ކަނޑައަޅާ ބަންދުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

    ]]>
    Thu, 09 Jul 2026 11:20:33 +0500 ހީރަސް
    އިންޑިއާގެ މަހުޖަނު އަދާނީއަށް އެމެރިކާއިން ކުރާ ދައުވާ ދޫކޮށްލައިފި https://heerasnews.com/4380 https://heerasnews.com/4380 އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނިންމި ނިންމުން އެ އިދާރާއިން ދިފާއުކޮށްފިއެވެ.

    ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ އަދާނީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ދޫކޮށްލަން ސަރުކާރުން ނިންމީ، އޭނާ އެމެރިކާގައި ބިލިއަނުން އިންވެސްޓް ކުރާނެ ކަމަށް ބުނެފައިވާތީ އެކަމަށް ބަލައިގެން ނޫން ކަމަށް ސަރުކާރުން ބުނެއެވެ.

    ޕްރިންސިޕަލް އެސޯސިއޭޓް އެޓާނީ ޖެނެރަލް ޓްރެންޓް މެކޯޓާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އިންވެސްޓްމަންޓުގެ ވާހަކަ ދެކެވުމުގެ ކުރިންވެސް އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ "ދިފާއު ކުރެވޭނެ އެއްވެސް ބުރަދަނެއް ހުރި" މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

    "އިންވެސްޓްމަންޓުގެ ވާހަކައެއް ދެކެވުނަސް ނުވަތަ ނުދެކެވުނަސް، އަދި މަދަނީ މައްސަލައެއް ނިމުމަކަށް އައި ކަމުގައި ވިޔަސް، އަޅުގަނޑު މި މައްސަލަ ދޫކޮށްލުމަށް އެދޭނަން،" އޭނާ ލިޔުއްވާފައިވެއެވެ.

    އަދާނީ އާއި އެހެން ބައެއް ފަރާތްތަކުގެ މައްޗަށް 2024 ވަނަ އަހަރު ނިއުޔޯކްގެ ބްރޫކްލިންގައި ދައުވާ އުފުލީ ބޮޑެތި މަކަރާއި ހީލަތުގެ އިތުރުން ރިޝްވަތުގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ފެޑަރަލް ޕްރޮސެކިއުޓަރުންނެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، އިންޑިއާގެ އެންމެ ބޮޑު ސޯލާ ޕަވަރ ޕްލާންޓް ތަރައްގީ ކުރުމުގެ ބިޑް ކާމިޔާބު ކުރުމަށްޓަކައި އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތުގެ ގޮތުގައި 250 މިލިއަން ޑޮލަރު އަދާނީ ދީފައިވެއެވެ.

    އަންދާޒާ ކުރެވޭ ގޮތުގައި އެ ކޮންޓްރެކްޓްތަކުން 20 އަހަރު ދުވަހުގެ ތެރޭގައި 2 ބިލިއަން ޑޮލަރުގެ ފައިދާ ލިބޭނެއެވެ. ޕްރޮސެކިއުޓަރުން ތުހުމަތު ކުރި ގޮތުގައި، އިންޑިއާގެ  އޮފިޝަލުންނަށް ފައިސާ ދިންކަން ސިއްރުކޮށް، އަދާނީ ވަނީ އެމެރިކާގެ އިންވެސްޓަރުންނަށް އޮޅުވާލާފައެވެ.

    އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ގާތް ގުޅުމެއް އޮންނަ އަދާނީ، މި ދައުވާތަކާ ގުޅިގެން ދުވަހަކުވެސް ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ޝަރީއަތަށް އެމެރިކާއަށް ހާޒިރުކޮށްފައެއްވެސް ނުވެއެވެ.

    އަދާނީގެ ވަކީލު ރޮބަޓް ޖޭ. ޖިއުފްރާ ޖޫނިއާ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން އިންކާރު ކުރިއެވެ. ނަމަވެސް، ޖަސްޓިސް ޑިޕާޓްމަންޓާއެކު މަސްތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކާއި، ހުށަހެޅުނު ލިޔެކިޔުންތަކާއި، ތަޖުރިބާކާރުންގެ ހެކިބަހަށްފަހު މައްސަލަ ދޫކޮށްލަން ސަރުކާރުން ނިންމީ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެއެވެ.

    ޔޫ.އެސް ޑިސްޓްރިކްޓް ޖަޖް ނިކޮލަސް ގަރައުފިސްއަށް ފޮނުއްވި ސިޓީގައި މެކޯޓާ ވިދާޅުވީ، މިއީ ބޭރު ގައުމެއްގެ މައްސަލައެއް ކަމަށާއި، މި މައްސަލާގައި ހިމެނޭ ކަންކަމަކީ އިންޑިއާ ބަޔަކު އެ ގައުމުގެ އެހެން ބަޔަކަށް ރިޝްވަތު ދޭން އުޅުމުގެ މައްސަލައެއް ކަމަށެވެ. އަދި މައްސަލައިގެ ލިޔެކިޔުންތަކުގައި 200 އަށްވުރެ ގިނަ ފަހަރު "އިންޑިއާ" މި ނަން އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

    "ދުނިޔޭގެ ފުލުހުންގެ ދައުރު އެމެރިކާއިން އަދާކުރަން އުޅުމަކީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާނެ ކަމެއް. އަދި އެއީ ގައުމުގެ އެތެރޭގެ ކަންކަމަށް ހޭދަކުރަން ހުރި ވަސީލަތްތައް ބޭކާރު ކުރުމެއް،" މެކޯޓާ ލިޔުއްވާފައިވެއެވެ. "ބްރޫކްލިން ނުވަތަ ވޮޝިންގޓަންގެ ޕްރޮސެކިއުޓަރުންނަށްވުރެ ރަނގަޅަށް އިންޑިއާގެ ދާހިލީ ކަންކަން އެ ގައުމަށް ބެލެހެއްޓޭނެ." ކަމަށް ވިދާޅުވަމުން އޭނާ އިތުރަށް ވިދާޅުވީ، ޕްރޮސެކިއުޓަރުން މި ދައުވާ އުފުލަން ބޭނުންކުރި މުއާމަލާތްތަކުގެ ސަބަބުން އެމެރިކާގެ އެއްވެސް އިންވެސްޓަރަކަށް "ލޯލާރިއެއްގެ" ގެއްލުންވެސް ވެފައި ނުވާ ކަމަށެވެ.

    މެއި މަހުގެ ތެރޭގައި ސަރުކާރުން ވަނީ މި ދައުވާތައް ދާއިމީކޮށް ބާތިލުކޮށްދިނުމަށް އެދިފައެވެ. އެ އިދާރާއިން ބުނީ، މައްސަލަ ދިރާސާކުރުމަށްފަހު، ވަކިވަކި ފަރުދުންގެ މައްޗަށް ކުރާ މި ޖިނާއީ ދައުވާތަކަށް އިތުރު ވަގުތާއި ވަސީލަތްތައް ހޭދަނުކުރުމަށް ނިންމާފައިވާ ކަމަށެވެ. ހުށަހެޅުމުގައި މެކޯޓާގެ އިތުރުން ބްރޫކްލިންގެ ޔޫ.އެސް އެޓާނީ ޖޯސެފް ނޮސެލާ ސޮއިކުރައްވާފައިވީ ނަމަވެސް، މި މައްސަލާގައި އަމަލީގޮތުން އުޅުއްވި ޕްރޮސެކިއުޓަރުން ސޮއިކުރައްވާފައެއް ނުވެއެވެ.

    މަސް ދުވަސް ފަހުން، ޑިމޮކްރެޓިކް ސެނެޓަރުން ކަމަށްވާ އެލިޒަބަތު ވޮރެން އާއި ރިޗަޑް ބްލޫމެންތަލް ވަނީ އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އެ ބޭފުޅުން ވަނީ މި މައްސަލަ ދޫކޮށްލުމުގައި "މުއާމަލާތީ ސިފައެއް" އެކުލެވޭ ކަމަށް ބުނެ ސުވާލު އުފައްދަވާފައެވެ.

    ސެނެޓަރުން ވިދާޅުވި ގޮތުގައި، އިންވެސްޓްމަންޓް ކުރާނެ ކަމަށް ބުނެފައިވާ ވާހަކަތަކުގެ ސަބަބުން، ރައީސް ޓްރަމްޕްގެ ދައުރުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގާފައިވާ މިންވަރާއި، ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުމަށް އަދާނީގެ ހުށަހެޅުމުގެ ނުފޫޒު ފޯރާފައިވާ މިންވަރާ މެދު ސީރިއަސް ސުވާލުތަކެއް އުފެދެއެވެ.

    ޖަސްޓިސް ޑިޕާޓްމަންޓުގެ މި ހުށަހެޅުމަށް ފަނޑިޔާރު ގަރައުފިސް އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.   

    ]]>
    Thu, 09 Jul 2026 09:48:40 +0500 ހީރަސް
    އަނބިމީހާ މަރާލި އިންޖިނޭރު 8 މަސް ފަހުން ޖަލަށް https://heerasnews.com/4379 https://heerasnews.com/4379 އެމެރިކާގެ ވޮޝިންގްޓަންގައި ދިރިއުޅެމުންދިޔަ އުމުރުން 30 އަހަރުގެ އިންޑިއާގެ އިންޖިނިއަރަކު، އޭނާގެ އަންހެނުން މަރާލިކަމުގެ ދައުވާ އުފުލައި ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ ނުވަ މަސް ކުރިން ކަމަށްވާއިރު، ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ ވަނީ އަންހެނުންގެ ކަރުގައި ހިފާ މަރާލުމަށްފަހު، އެއީ ގުދުރަތީ މަރެއްކަން ދެއްކުމަށްޓަކައި ކުށުގެ ވެށި ބަދަލުކޮށްފައެވެ.

    އިންޑިއާގެ ޓެލަންގާނާއަށް ނިސްބަތްވާ ސޮފްޓްވެއަރ އިންޖިނިއަރު އަވިނާޝް ނާރްނޭގެ އަންހެނުން، އުމުރުން 27 އަހަރުގެ ރާޖިތާ ސައްބިނޭނީ މަރުވެފައި އޮއްވާ ފެނުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ފުލުހުން ކުރި ފުޅާ ދިރާސާތަކުން އެނގުނު ގޮތުގައި، އަވިނާޝް މި މަރު ހިންގާފައިވަނީ ދުރާލައި ރާވައިގެންނެވެ. އަދި އޭނާ އިންޑިއާގެ އެހެން އަންހެނަކާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވަމުންދިޔަ ކަމުގެ ހެކިވެސް ވަނީ ފެނިފައެވެ.

    ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ރާޖިތާ މަރުވިތާ އެއްދުވަސް ފަހުން، އޭނާގެ ހަށިގަނޑުގެ ފޮޓޯއެއް އަވިނާޝް އޭނާގެ ލޯބިވެރިޔާއަށް ފޮނުވި ކަމަށް އަމިއްލައަށް ވަނީ އިއުތިރާފުވެފައެވެ. މިހާރު އޭނާ ހުރީ 5 މިލިއަން އެމެރިކާ ޑޮލަރުގެ ކަފާލާތެއްގެ ދަށުން ބަންދުގައެވެ. ކުށް ސާބިތުވެއްޖެނަމަ، ވޮޝިންގްޓަންގެ ގާނޫނުގެ ދަށުން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

    ފާހާނާ ތެރެއިން ފެނުނު ހަށިގަނޑު

    އޮކްޓޯބަރު މަހުގެ ރޭގަނޑެއްގައި ބެލްވިއު ފުލުހުންނަށް ރިޕޯޓް ލިބުނީ، އަންހެނަކު ފާހާނާގައި ތަޅުލައިގެން އުޅޭ ކަމަށާއި އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. ފުލުހުން ގޮސް ފާހާނާގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، ރާޖިތާ އޮތީ ބިމަށް ވެއްޓިފައެވެ. އޭނާ މަރުވެފައިވާކަން އެތަނުން ކަށަވަރުވިއިރު، އެމީހުން ކައިވެނި ކުރިތާ އޭރު ވީ އެންމެ ހަ މަސް ދުވަހެވެ.

    ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކި ގޮތުގައި ރާޖިތާ މަރުވީ ކަރުގައި ހިފުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ. އެއާއެކު މި މައްސަލައަކީ ގަސްތުގައި މީހަކު މަރާލުމުގެ މައްސަލައެއްގެ ގޮތުގައި ފުލުހުން ކަނޑައެޅިއެވެ.

    ތަހުގީގުގެ ތެރޭގައި އަވިނާޝް ބުނެފައިވަނީ، އަންހެނުން މަރުވި ދުވަހު އޭނާ ބޭރަށް ދިޔައީ ބައެއް ކަންކަން ނިންމާލުމަށް ކަމަށާއި، އެނބުރި އައިއިރު ފާހާނާ ހުރީ ތަޅުލާފައި ކަމަށެވެ. އެހެންނަމަވެސް، އެޕާޓްމަންޓްގެ ސެކިއުރިޓީ ސިސްޓަމާއި ސްމާޓް ލޮކްގެ ރެކޯޑްތަކުން އެނގުނު ގޮތުގައި، އަވިނާޝް ބޭރުގައި އުޅުނު ވަގުތު އެއްވެސް އިތުރު މީހަކު އެ ގެއަށް ވަދެފައެއް ނުވެއެވެ.

    ފަޅާއެރި ސިއްރު ގުޅުން

    ފުލުހުން އަވިނާޝްގެ ފޯނާއި މުއާމަލާތްތައް ތަހުގީގު ކުރިއިރު، އޭނާ އިންޑިއާގައި ހުރި އަންހެނަކާ ސިއްރުން ގުޅުން ބާއްވަމުންދިޔަ ކަން ފަޅާއެރިއެވެ. މި ގުޅުމަކީ ރާޖިތާއާ ކައިވެނި ކުރުމުގެ ކުރިން ފެށިގެން އޮތް ގުޅުމެއް ކަމަށާއި، އެ އަންހެން މީހާ އެދެމީހުންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވި ކަމަށްވެސް ފުލުހުން ބުނެއެވެ.

    ރާޖިތާ މަރުވި ދުވަހުވެސް އަވިނާޝް އެ އަންހެން މީހާއަށް ހަތަރު ފަހަރެއްގެ މަތިން ގުޅާފައިވެއެވެ. ތަހުގީގަށް މައުލޫމާތު ދެމުން އޭނާ ފާހާނާގެ ދޮރު ހުޅުވަން މަސައްކަތް ކުރަމުންދިޔަ ވަގުތުކަމަށް ބުނި ވަގުތަކީވެސް ސިއްރު ލޯބިވެރިޔާ އާއި ގުޅައިގެން ހުރި ވަގުތެއްކަންވެސް ތަހުގީގަށް ވަނީ ސާބިތުވެފައެވެ.  

    ހިތި ބުއިންތައް

    ތަހުގީގަށް ލިބުނު މެސެޖުތަކުން އެނގޭ ގޮތުގައި، މަރުވުމުގެ ހަފުތާތަކެއް ކުރިން ފެށިގެން ރާޖިތާ ދިޔައީ ފިރިމީހާ ތައްޔާރުކޮށްދޭ ބުއިންތަކުގައި މާބޮޑަށް ހިތި ރަހައެއް ހުންނަ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. މަރުވި ދުވަހުވެސް، އަވިނާޝް ތައްޔާރުކޮށްދިން "ސްމޫތީ" އެއްގައި ބޭސް ރަހަ ނުވަތަ ކޮފް ސިރަޕް ރަހަ ހުރި ކަމަށް އޭނާ ބުނެފައިވެއެވެ.

    ފުލުހުން އެ ގެއަށް ދިޔަ ވަގުތު، އަވިނާޝް ވަނީ އޭނާގެ އަންހެނުން ބަލިވެ އުޅޭ ކަމަށާއި، ކޮފް ސިރަޕް ބުއިމުގެ ސަބަބުން ހޭނެތުނީ ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައެވެ.

    އަށް މަސް ދުވަހުގެ ދިގު ތަހުގީގަކަށްފަހު، އެކަށީގެންވާ ހެކި ލިބުމުން ބެލްވިއު ފުލުހުން މިހާރު ވަނީ އަވިނާޝް ހައްޔަރުކޮށްފައެވެ. ޖުލައި 1 ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ މައްޗަށް ފުރަތަމަ ދަރަޖައިގެ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ރަސްމީކޮށް އުފުލާފައެވެ.

    ]]>
    Thu, 09 Jul 2026 05:00:30 +0500 ނިއުސް ޑެސްކް
    އަރަބި ކަނޑަށް ވެއްޓުނު ކާގޯ ބޯޓު ހޯދަން ޕާކިސްތާނުން ފަށައިފި https://heerasnews.com/4376 https://heerasnews.com/4376 ކަރާޗީ: ފަސް މީހުންނާއެކު ދަތުރުކުރި ބޯއިންގް މަރުކާގެ ކާގޯ ބޯޓެއް ޕާކިސްތާނުގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުން ގެއްލުމާ ގުޅިގެން، އެ ބޯޓު ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ބުދަ ދުވަހު ފަށައިފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވި ގޮތުގައި މި ބޯޓު ވެއްޓިފައިވަނީ އަރަބި ކަނޑަށެވެ.

    ޕާކިސްތާނުގެ އެއާޕޯޓްސް އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާރިޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި އަމިއްލަ ކުންފުންޏެއްގެ މި ބޯޓު ރޭޑާ އިން ގެއްލުމުގެ ކުރިން، ބޯޓުގެ ނެވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަންގާރަ ދުވަހުގެ ރޭ އިރުއޮއްސުނު ވަގުތު މި ބޯޓު ވަރަށް ބާރަށް ތިރިއަށް ފައިބަމުން ދިޔަކަން ރޭޑާ އިން ދެއްކި ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

    ހިތާމަވެރި މި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ޝަރީފް ނެރުއްވި ބަޔާނެއްގައި، ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ދަނޑިވަޅުގައި އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެއެވެ. އަދި ސިވިލް އޭވިއޭޝަނާއި، ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ގުޅިގެން، ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ބޯޓު ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

    ގެއްލުނު ބޯޓާއި އޭގެ ފަޅުވެރިން ހޯދުމުގެ މަސައްކަތް މިހާރުވެސް މެދުކެނޑުމެއް ނެތި ދަނީ ކުރިއަށެވެ.

    ]]>
    Wed, 08 Jul 2026 14:35:51 +0500 ނާއިރާ
    ދުނިޔޭގައި ބޮޑެތި ކުށްކުރާ އިންޑިއާ ގްރޫޕެއްގެ ލީޑަރަކަށް ދައުވާކޮށްފި https://heerasnews.com/4374 https://heerasnews.com/4374 ކެނެޑާގެ ސިކް މުޖުތަމައުގެ އިސް ލީޑަރަކު އަވަހާރަކޮށްލި މައްސަލައާ ގުޅިގެން، ކުށްކުރާ އިންޑިއާ ގްރޫޕެއްގެ އިސްވެރިޔާއަށް ދައުވާ އުފުލާފައިވާކަން ކަމާބެހޭ އިދާރާތަކުން މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފިއެވެ. މި ހާދިސާއަކީ އޭރު ކެނެޑާ އާއި އިންޑިއާގެ ސިޔާސީ އަދި ހާރިޖީ ގުޅުމަށް ބޮޑެތި ބުރޫތަކެއް އެރި މައްސަލައެކެވެ.

    މި ދައުވާތަކަކީ އެމެރިކާ، ކެނެޑާ އަދި ޔޫރަޕްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ބައެކެވެ. މި އޮޕަރޭޝަނުގައި އިންޑިއާގެ ބައިނަލްއަގުވާމީ ޖިނާއީ ތިން ނެޓްވޯކަކަށް ނިސްބަތްވާ 37 މީހަކަށް ތުހުމަތުތައް ކޮށްފައިވެއެވެ. މި ގްރޫޕްތަކަކީ މީހުން ރަހީނުކުރުމާއި، ފޭރުމާއި، ބިރުދެއްކުމާއި، ހަތިޔާރުގެ ވަގުވިޔަފާރިއާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން މީހުން މެރުމުގެ އަމަލުތައް ހިންގާ ބައެއް ކަމަށް އެމެރިކާގެ އެޓާނީ ބިލް އެސައިލީ ވިދާޅުވިއެވެ.

    އެމެރިކާގެ އެޓާނީ ބިލް އެސައިލީ އެ ވާހަކަދެއްކެވީ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ލޮސް އެންޖެލިސް ފުލުހުންނާއި، އެފް.ބީ.އައި އަދި ކެނެޑާގެ ފުލުހުންގެ އިސް އޮފިޝަލުންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

    މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން އެމެރިކާގައި އުޅޭ 7 މީހަކާއި، އިންޑިއާގައި އުޅޭ 2 މީހަކާއި، ޔޫރަޕްގައި އުޅޭ އެކަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

    އެފް.ބީ.އައިގެ ލޮސް އެންޖެލިސް އޮފީހުގެ އެސިސްޓަންޓް ޑައިރެކްޓަރ ޕެޓްރިކް ގްރޭންޑީ ވިދާޅުވި ގޮތުގައި، މި ގްރޫޕްތަކުގެ ސަބަބުން ކެލިފޯނިއާ އާއި އެހެނިހެން ގައުމުތަކުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

    2023 ވަނަ އަހަރު ކެނެޑާގެ ފައްޅިއެއްގެ ބޭރުގައި ސިކުންގެ މިނިވަންކަމަށް މަސައްކަތްކުރާ ހަރުދީޕް ސިންގް ނިޖާރް އަވަހާރަކޮށްލުމުގެ މާސްޓަރ މައިންޑުންނަކީ އުމުރުން 33 އަހަރުގެ ލޯރެންސް ބިޝްނޯއީ އާއި އޭނާގެ ރަހުމަތްތެރިޔާ ސަޓިންދަރުޖީތު ސިންގް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

    މި ހާދިސާއާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ނިޖާރްގެ މަރާ އިންޑިއާ ސަރުކާރާ ގުޅުމެއް އޮތް ކަމުގެ "އިތުބާރު ހުރި ހެކި" ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ބިޝްނޯއީ މިހާރު ހުރީ ބަންދުގައެވެ. ނަމަވެސް ސިންގް އަދި އަތުލައިގަނެވިފައެއް ނުވެއެވެ. ބިޝްނޯއީގެ ޖަމާއަތަކީ ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށްޓަކައި ދީނީ، އިޖުތިމާއީ އަދި ސިޔާސީ އިސް ފަރާތްތަކަށް އަމާޒުކޮށް ހަމަލާދޭ ބައެއް ކަމަށް ބުނެފައިވެއެވެ.

    އުމުރުން 45 އަހަރުގައި އަވަހާރަވި ނިޖާރަކީ "ހާލިސްތާން" ގެ ނަމުގައި ސިކުންގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ހަރަކާތުގެ އިސް މެންބަރެކެވެ. އޭނާ ދިޔައީ "ސިކްސް ފޯ ޖަސްޓިސް" ޖަމާއަތާ ގުޅިގެން އެކަމާ ގުޅޭ ރެފަރެންޑަމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާގައި އުފަންވި ނަމަވެސް ކެނެޑާގެ ރައްޔިތެއްގެ ގޮތުގައި ހުރި ނިޖާރަކީ އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހޯދަމުންދިޔަ މީހެކެވެ.

    ކެނެޑާއަކީ އިންޑިއާއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ސިކުން ދިރިއުޅޭ ގައުމެވެ. ސިކުންގެ ހަރަކާތްތަކުގެ ސަބަބުން އިންޑިއާ އާއި ކެނެޑާގެ ގުޅުން ގޯސްވެފައި އޮންނާތާ އަހަރުތަކެއް ވެއްޖެއެވެ. "ޓެރަރިސްޓުންނާއި ހަރުކަށި ފިކުރުގެ މީހުންނަށް" ކެނެޑާއިން ފުރުސަތުދޭ ކަމަށް އިންޑިއާއިން ތަކުރާރުކޮށް ތުހުމަތުކުރެއެވެ. މި މައްސަލައިގެ ތެރޭގައި ދެ ގައުމުން ވެސް ވަނީ އެއް ގައުމުން އަނެއް ގައުމަށް ކަނޑައަޅާފައި ތިބި ޑިޕްލޮމެޓުން ބޭރުކޮށްލާފައެވެ.

    ދެ އަހަރު ދުވަހުގެ ތަހުގީގަށްފަހު، މިފަދަ ޖިނާއީ އަމަލުތައް ހިންގާ އިތުރު ދެ ޖަމާއަތެއްގެ ނަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ މެންބަރުން އެމެރިކާ، ނިއުޒީލަންޑް، އޮސްޓްރޭލިއާ، ޕޯޗުގަލް އަދި އިނގިރޭސިވިލާތުގައި އުޅެމުންދެއެވެ. މީގެ އިތުރުން، އެހެން ޖިނާއީ ގްރޫޕްތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަގަށް ނަގައި، އެތަކެތި އެމެރިކާ އާއި ކެނެޑާގެ އެކި ހިސާބުތަކުގައި ވިއްކާ ކަމުގެ ތުހުމަތު ވެސް މި މީހުންގެ މައްޗަށް ކުރެވެއެވެ.

    ދައުވާގެ ލިޔުންތަކުގައިވާ ގޮތުން، ތުހުމަތުކުރެވޭ ބައެއް މީހުން އިންޑިއާގެ ކޮރަޕްޓް އޮފިޝަލުންގެ ބޭނުންކޮށްގެން އެމީހުންގެ ވާދަވެރިންނަށް އަދަބުދީ، ބިރުދައްކާފައިވެއެވެ. އަދި އެކަކު އިމިގްރޭޝަން ބަންދުގައި ހުރެގެން ވެސް ޖިނާއީ އަމަލުތައް ރާވައި ހިންގާފައިވާ ކަމަށް ބުނެފައިވެއެވެ.

    ބިޝްނޯއީގެ ވަކީލެއްގެ މައުލޫމާތު އަދި ހާމަވެފައެއް ނުވެއެވެ.

    ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ ރީތި ނަމޫނާއެކެވެ.

    "އެމެރިކާ، ކެނެޑާ، ޔޫރަޕް އަދި އޭޝިއާގެ ތަންފީޒީ އިދާރާތައް ގުޅިގެން، މިފަދަ ޖިނާއީ ޖަމާއަތްތައް ހިންގާ ކޮންމެ ތަނެއްގައި ވެސް އެބައިމީހުން ހޯދައި، އެ ނެޓްވޯކްތައް ނައްތާލުމަށް އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކު،" އެސައިލީ ވިދާޅުވިއެވެ.

    ]]>
    Wed, 08 Jul 2026 11:41:00 +0500 ނިއުސް ޑެސްކް
    ނިއުކްލިއަރ ސަބްމެރިނަކުން މިސައިލް ޓެސްޓްކުރުމުން އަވައްޓެރިން ރުޅިއަތުވެއްޖެ https://heerasnews.com/4369 https://heerasnews.com/4369 ޗައިނާގެ ނިއުކްލިއަރ ސަބްމެރިންއަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މިއީ އާންމުކޮށް ކުރިއަށްގެންދާ އަސްކަރީ ތަމްރީނެއްގެ ބައެއް ކަމަށް ޗައިނާއިން ބުނި ނަމަވެސް، މިކަމާ ގުޅިގެން ޖަޕާން، އޮސްޓްރޭލިއާ އަދި ނިއުޒީލަންޑުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

    ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ޑަމީ ވޯހެޑް" އެއް ނުވަތަ އަސްލު ގޮވާތަކެތި ނެތް ބޯލްއެއް ހަރުކޮށްފައިވާ މި މިސައިލް ފޮނުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި މިސައިލް ވެއްޓިފައިވަނީ ކަނޑުގެ ބައިނަލްއަގުވާމީ ސަރަހައްދަކަށެވެ.

    ޗައިނާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިއީ އެގައުމުގެ އަހަރީ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އަދި މިއީ ވަކި ގައުމަކަށް އަމާޒުކޮށްގެން ހިންގި އަމަލެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

    އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް ވިދާޅުވީ، މި ޓެސްޓާ ގުޅޭ މައުލޫމާތު ކުރިއާލައި ޗައިނާއިން އެގައުމަށް ދީފައިވާ ކަމަށެވެ. ނަމަވެސް، ޗައިނާގެ އަސްކަރީ ބާރުވެރިކަން ހަލުވިކަމާއެކު އިތުރުވަމުންދިއުމާއި، އެކަމުގައި ހާމަކަން ބޮޑު ސިޔާސަތެއް ނެތުމުގެ ސަބަބުން މިފަދަ ހަރަކާތްތަކަކީ ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރާފާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

    ޖަޕާނުން ވެސް ވަނީ މި ޓެސްޓުގެ މައުލޫމާތު ކުރިއާލައި ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، ޗައިނާގެ އަސްކަރީ ހަރަކާތްތައް ފުޅާވަމުންދާތީ އެގައުމުން ވަނީ "ހިތާމަވެރި ކަންބޮޑުވުން" ފާޅުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މިސައިލް ވެއްޓިފައިވަނީ ޖަޕާނުގެ އިގްތިސާދީ ހާއްސަ ސަރަހައްދުން "އީއީޒީ " ބޭރަށެވެ.

    ނިއުޒީލަންޑުގެ ފޮރިން މިނިސްޓަރު ވިންސްޓަން ޕީޓާސް މިކަން ސިފަކުރެއްވީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ނުތަނަވަސްކަން އުފެދޭނެ ކަމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ބޭނުންވަނީ އެ ސަރަހައްދަކީ މިސައިލް ޓެސްޓުކުރާ ތަނަކަށް ނުވުމަށް ކަމަށެވެ.

    މި ޓެސްޓަކީ 2024 ވަނަ އަހަރު ޗައިނާއިން ކުރިއަށްގެންދިޔަ އާދަޔާ ހިލާފު އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓަށްފަހު، އެގައުމުގެ އަސްކަރީ ގާބިލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ މުހިންމު ހަރަކާތެކެވެ.

    ]]>
    Mon, 06 Jul 2026 17:06:16 +0500 ނާއިރާ
    ކުޑަ ދެދަރިން މަރާލުމަށްފަހު ބައްޕަ ފުލުހުންނާ ހަވާލުވެއްޖެ https://heerasnews.com/4368 https://heerasnews.com/4368 ޖަޕާނުގެ ގުންމާ ޕްރިފެކްޗާގެ ހިމޭން ސަރަހައްދެއްގައި ބައްޕައަކު އޭނާގެ ދެ ދަރިން ނޭވާ ހާސްކޮށްލައިގެން މަރާލުމަށްފަހު ފުލުހުންނާ ހަވާލުވި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

    ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، އުމުރުން 42 އަހަރުގެ ތޮޝިނޯރީ އިނޯއޭގެ މައްޗަށް ތުހުމަތު ކުރެވެނީ، އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އޭނާގެ 6 އަހަރުގެ އަންހެން ދަރިފުޅު އަކާރީ އާއި 3 އަހަރުގެ ފިރިހެން ދަރިފުޅު ޝޫރީ އެމީހުން ދިރިއުޅޭ ގޭގައި މަރާލި ކަމަށެވެ.

    ހިތާމަވެރި މި ހާދިސާ ފަޅާއެރީ، ކުދިންގެ މަންމަ ވަޒީފާ ނިންމާލުމަށްފަހު ގެއަށް އައިއިރު، ދެ ކުދިން އެނދުމަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުމުންނެވެ. އެމަޖެންސީ ޓީމުތަކުން ވަގުތުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، އެ ދެ ކުދިން ސަލާމަތެއް ނުކުރެވުނެވެ.

    މި ހާދިސާ ހިނގިތާ ގާތްގަނޑަކަށް 30 މިނެޓު ފަހުން، އިނޯއޭ ވަނީ އަމިއްލައަށް ފުލުހުންގެ މަރުކަޒަކަށް ގޮސް އެ ކުދިން މަރާލިކަމަށް އިއުތިރާފުވެފައެވެ. ފުލުހުން ބުނި ގޮތުގައި، އޭނާ ކުދިން މަރާލުމަށް ބޭނުންކޮށްފައިވަނީ ނެކްޓައިއެއް ކަމަށް ތަހުގީގަށް ވަނީ ކިޔައިދީފައެވެ.

    މި ޖަރީމާ ހިންގަން މެދުވެރިވި ސަބަބެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ހޯދުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

    ]]>
    Mon, 06 Jul 2026 16:32:41 +0500 ނާއިރާ
    ވިއްސާރައިގެ ސަބަބުން ހަ މީހަކު މަރުވެ، ދަތުރުފަތުރު ހުއްޓިއްޖެ https://heerasnews.com/4366 https://heerasnews.com/4366 ބޯކޮށް ވެހެމުންދާ ވިއްސާރައިގެ ސަބަބުން އިންޑިއާގެ މުމްބާއީގެ އިރުމަތީ އަވަށް ތަކެއްގައި ހުރި ބިނާތަކެއް ވެއްޓި، 6 މީހަކު މަރުވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ، ސްކޫލްތައް ބަންދުކުރަން ޖެހިއްޖެއެވެ.

    މުމްބާއީގެ މަންކޫރުޑް ސަރަހައްދުގައި ދެ ތިން ބުރީގެ ގެތަކެއް ވެއްޓި، މަރުވެފައިވަނީ ފަސް ކުޑަކުދިންނާއި އެއް އަންހެނަކު ކަމަށް މަދަނީ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

    ވިއްސާރައިގެ ސަބަބުން މުމްބާއީ އާއި ޕޫނޭ ގުޅައިދޭ އެކްސްޕްރެސް މަގުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، ދެ ސިޓީ ދެމެދު ދަތުރުފަތުރު ކުރިއަށް ގެންދިއުން ވަނީ ހުއްޓިފައެވެ. އެ ސަރަހައްދުން ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެނިގެން ދިޔައީ މަގުމަތީގައި ވެއްޓިފައިވާ ކޮންކްރީޓް ބިތްތަކާއި، ޓަނަލްގެ ތެރެއިން ފެން ފައިބަމުންދާ މަންޒަރު ތަކެވެ.

    ބޯވާރޭގެ ސަބަބުން އެއްގަމު ދަތުރުފަތުރަށް ބުރޫ އެރުމުގެ އިތުރުން، ވައިގެ ދަތުރުތައް ވެސް ހުއްޓި، މުމްބާއީ-ޕޫނޭ ދަތުރުތައް ހިމެނޭ ގޮތަށް ދުރު ހިސާބުތަކަށް ދަތުރުކުރާ ރޭލު ހިދުމަތްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

    ލޯކަލް މީޑިއާ ތަކުން ދައްކާ ވީޑިއޯ ތަކުން ފެންނަމުން ދަނީ ފެންބޮޑުވެފައިވާ ގޯޅިތަކުން ރައްޔިތުން ފައިމަގުގާ ހިނގާފައި އުޅޭ މަންޒަރެވެ.

    ހޯމަ ދުވަހަށް ސްކޫލްތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ.

    ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ވިއްސާރައިގެ ސަބަބުން ރުއްގަސްތައް ވެއްޓި، ފާއިތުވި މަހުގެ ފަހު ކޮޅުން ފެށިގެން ތިން މީހަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

    އިންޑިއާގެ މާލީ ވެރިރަށް ކަމަށްވާ މުމްބާއީ އަށް 100 މިލިމީޓަރ (3.9 އިންޗި) ގެ ވާރޭ ވެހިފައިވާ އިރު، ބައެއް ސަރަހައްދުތަކަށް 161 މިލިމީޓަރ (6.3 އިންޗި) ވާރޭ ވެހިފައިވެއެވެ.

    އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރާ ގޮތުގައި، ހޯމަ ދުވަހު ގައުމީ ވެރިރަށް ދިއްލީގެ ސަރަހައްދުގެ ގިނަ ތަންތަނަށް ވިއްސާރައާ ކުރިމަތިލާން ޖެހޭނެއެވެ.

                        

    ]]>
    Mon, 06 Jul 2026 15:02:07 +0500 ނިއުސް ޑެސްކް
    ދިން ބޮމުގެ ހަމަލާއަކުން އަމާންކަމަށް އޮތް އިތުބާރު ކުޑަވެއްޖެ https://heerasnews.com/4355 https://heerasnews.com/4355 މޮނާކޯ: ދުނިޔޭގެ އެންމެ އަމާން ގައުމުތަކުގެ ތެރޭގައި ހިމެނޭ މޮނާކޯގައި، މީހަކު މަރާލުމަށްޓަކައި ދިން ބޮމުގެ ފުރަތަމަ ހަމަލާއާއި ގުޅިގެން އެ ގައުމުގެ ރައްކާތެރިކަމަށް އޮތް މަގުބޫލުކަމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ، މޮނާކޯގެ އަގުބޮޑު އެޕާޓްމަންޓް އިމާރާތެއްގެ ބޭރުގައި ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާގައި ޔޫކްރޭނަށް އުފަން އުމުރުން 58 އަހަރުގެ ވިޔަފާވެރިޔާ، ވަޑީމް ޔެރްމޮލޭވްއާއި، އިތުރު އަންހެނެއްގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

    މޮނާކޯގެ ރަސްގެފާނު، އަލްބަރޓް ދެވަނަ ވަނީ މިއީ "ނުރައްކާތެރި ފިނޑި އަމަލެއް" ކަމަށް ސިފަކުރައްވައި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ރޭވުންތެރިކަމާއެކު މީހަކު މަރާލަން އުޅުމުގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ފުލުހުން ފޯރިމަރާ މިންވަރު އިތުރުކުރުމަށް ރަސްގެފާނު ވަނީ އަމުރުކުރައްވާފައެވެ.

    ސެކިއުރިޓީ ކެމެރާތަކުން ފެންނަ ގޮތުގައި، މި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށްފަހު ފިލައިގެން ގޮސްފައިވަނީ އަވަށްޓެރި ފްރާންސަށެވެ. އެމީހާ ހޯދުމަށްޓަކައި ފްރާންސާއި މޮނާކޯގެ ފުލުހުން ގުޅިގެން މިހާރު ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

    މޮނާކޯއަކީ ސަލާމަތީ ގޮތުން ނަމޫނާ ގައުމެކެވެ. ގާތްގަނޑަކަށް 39000 މީހުންގެ އާބާދީއެއް އޮންނަ މި ކުޑަ ގައުމުގައި 556 ފުލުހުން ހަރަކާތްތެރިވެއެވެ. މިއީ ކޮންމެ 70 މީހަކަށް ފުލުހަކު ހުންނަ ނިސްބަތެކެވެ. މީގެ އިތުރުން، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި 1300 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާ ހަރުކޮށް، މީހުންގެ ވަނަވަރު ބަލައި ފާސްކުރުމުގެ ވަރުގަދަ ނިޒާމެއް ގާއިމުކޮށްފައިވެއެވެ.

    ނިމިދިޔަ އަހަރު މޮނާކޯގައި މީހަކު މެރުމުގެ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާއިރު، މި ބޮމުގެ ހަމަލާއަކީ އެ ގައުމުގެ ތާރީހުގައިވެސް ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ. މޮނާކޯގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ މި ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ.

    މޮނާކޯއަކީ ކުށްކުރުން މަދު ގައުމެކެވެ. ސަލާމަތީ ކަންކަން ވަރުގަދަ ގައުމެކެވެ. އާމްދަނީއާއި މުދަލުން ޓެކްސް ނަގާ ގައުމެއްވެސް ނޫނެވެ. ދުނިޔޭގެ މަހުޖަނުންނާއި މަޝްހޫރު ފަރާތްތަކުގެ މެދުގައި މޮނާކޯއަކީ ދިރިއުޅުމަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ތަނެކެވެ.

    ]]>
    Fri, 03 Jul 2026 02:47:44 +0500 ނާއިރާ
    ޑެންގީ ކޮންޓްރޯލްކުރުމަށް ސިފައިން ނެރެފި https://heerasnews.com/4354 https://heerasnews.com/4354 ސްރީލަންކާގައި ޑެންގީ ހުން ފެތުރުން އިތުރުވެ، ހާލަތު ގޯސްވަމުންދާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަ، އަސްކަރިއްޔާގެ ތިން ސަފު ކަމަށްވާ އެއްގަމު ސިފައިންނާއި، ކަނޑުގެ ސިފައިން އަދި ވައިގެ ސިފައިން ނެރުވައިފިއެވެ.

    ސިއްހީ އޮފިޝަލުން ހާމަކުރާ ގޮތުގައި، ދުވާލެއްގެ މައްޗަށް 1000 އަށްވުރެ ގިނަ މީހުން ޑެންގީ ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހެއެވެ. މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 50000 މީހުންނަށް ބަލިޖެހި، 29 މީހުން ވަނީ މަރުވެފައެވެ. މިއީ 2017 ވަނަ އަހަރު ކުރިމަތިވި ނުރައްކާތެރި ހާލަތާ އަޅާބަލާއިރު މަދު އަދަދެއް ނަމަވެސް، ބަލިޖެހޭ މީހުންގެ އަދަދު އިތުރަށް މަތިވެދާނެތީ ކަމާބެހޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

    ސްރީލަންކާގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން އިންޒާރު ދީފައިވާ ގޮތުގައި، ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން، ކޮލަމްބޯގައި ހުންނަ ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ހޮސްޕިޓަލް ކައިރީގައި ކުނި ގިނަވެފައި ހުރުމުގެ ސަބަބުން، އެއީ މަދިރި އާލާވުމަށް ފަހި މާހައުލަކަށް ވެފައިވާތީ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

    ސަރުކާރުން މިހާރު ވަނީ މުޅި ގައުމުގައި ސާފުކުރުމުގެ ކެމްޕޭނެއް ފަށާނެކަން އިއުލާނުކޮށްފައެވެ. އަދި އަމިއްލަ ގޯތިގެދޮރުގައި މަދިރި އާލާވާ ގޮތަށް ތަންތަން ބަހައްޓާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.

    ދުނިޔޭގެ ސިއްހަތު ޖަމިއްޔައިން ހާމަކުރާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުމުގެ އިތުރުން ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ޑެންގީ ފެތުރުން ވަނީ އިތުރުވެފައެވެ. 'އެއިޑީޒް' މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލީގެ ސަބަބުން ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، މަސްތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެނެއެވެ. އަދި ބަލި ބޮޑުވާ ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ ފަދަ ކަންތައްތައް މެދުވެރިވެއެވެ.

    ]]>
    Fri, 03 Jul 2026 01:06:29 +0500 ނާއިރާ
    ހޫނުމޫސުމަށް ތައްޔާރުނުވުމުގެ އަގު ފުރާނައިން ދައްކަންޖެހޭނެ: ޑަބްލިޔުއެޗްއޯ https://heerasnews.com/4353 https://heerasnews.com/4353 ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްތަކަކީ އަދި ފެށުމެއް ކަމަށާއި، މިއީ ކުރިއަށް އޮތް ބޮޑު ނުރައްކަލެއްގެ "ފަރިތަކުރުމެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އިންޒާރު ދީފިއެވެ.

    މިއަހަރުގެ ޖޫން މަހަކީ ޔޫރަޕްގެ ތާރީހުގައި ވެސް ރެކޯޑް މިންވަރަކަށް ހޫނުމިން މަތިވި މަހެކެވެ. ގިނަ ގައުމުތަކެއްގެ ފިނިހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، ހޫނުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

    ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޔޫރަޕް ސަރަހައްދުގެ ޑައިރެކްޓަރ ޑރ. ހޭންސް ހެންރީ ކްލޫގާ ވިދާޅުވި ގޮތުގައި، މިހާރު ފެންނަމުންދާ ހޫނުގަދަ ރާޅުތަކަކީ ހަމައެކަނި ފެށުމެކެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގެ ހޫނު މޫސުންތައް މިއަށްވުރެ މާ ބޮޑަށް ވެސް ދަތިވާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

    ޔޫރަޕްގެ ހޫނުމިން މަތިވަމުންދަނީ ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ އެވްރެޖް މިންވަރަށް ވުރެ ދެގުނަ އަވަސް މިނެއްގައެވެ. ޑރ. ކްލޫގާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހޫނުގަދަ ދުވަސްތަކަކީ މިހާރު މަދުން ދިމާވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ތަކުރާރުވަމުންދާ، ދިގުލައިގެންދާ، އަދި ނުރައްކާތެރިކަން އިތުރުވަމުންދާ ކާރިސާއެކެވެ.

    މިދިޔަ ޖޫން މަހުގެ 24 އިން ފެށިގެން އެކަނިވެސް ފްރާންސް އިން ވަނީ ހޫނުގެ ސަބަބުން 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި ބައެއް ސިޓީތަކުގައި ކުއްލި ހާލަތްތަކުގައި އެހީއަށް އެދި ކުރާ ކޯލްތަކުގެ އަދަދު ވަނީ 50 އިންސައްތައަށް އިތުރުވެފައެވެ. ހަމައެއާއެކު، ސްޕެއިންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު އެކަނިވެސް ހޫނުގެ ސަބަބުން 892 މީހުން ވަނީ މަރުވެފައެވެ.

    ކްލޫގާ އިތުރަށް ވިދާޅުވީ، ހޫނު މޫސުމުގެ މިފަދަ ކާރިސާތަކަށް ތައްޔާރުނުވެ ހޭދަކުރާ ކޮންމެ އަހަރަކީ، އޭގެ އަގު އިންސާނުންގެ ފުރާނައިން ދައްކަންޖެހޭނެ އަހަރެއް ކަމަށެވެ.

    ]]>
    Thu, 02 Jul 2026 17:25:30 +0500 ނާއިރާ
    ފުލުހުންގެ އިހުމާލުން ގާތިލު ވީއްލުން https://heerasnews.com/4350 https://heerasnews.com/4350 އިންޑިޔާގެ މޭގަލާޔާގައި މި ދިޔައަހަރު ހަނީމޫން ހޭދަކުރަން ގޮސް ފިރިމީހާ ރާޖާ ރަގުވަންޝީ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސޯނަމް ރަގުވަންޝީ ހައްޔަރުގައި ބެހެއްޓެނެ ގޮތެއް ނެތްކަމަށް މެގާލަޔާ ހައިކޯޓުން ވެސް ނިންމައިފިއެވެ. ފިރިމީހާ މަރާލިކަމަށް ބެލެވޭ ސޯނަމް ރަގްވަންޝީއަށް ދޫކުރި "ހައްޔަރުކުރުމުގެ ސަބަބު ބަޔާންކުރާ ލިޔުމުގައި"ގައި ވާގޮތުން އޭނާ ހައްޔަރުކުރީ ސިފައިންގެ ހިދުމަތަށް ފިލައިގެން އުޅޭތީ އާއި އިންޑިއާއިން ބޭރުގައި ކުށެއް ކޮށްފައިވާތީ ކަމަށް ބަޔާންކޮށްފައި އޮތުމުން، މޭގަލާޔާ ހައިކޯޓުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

    ދަށުކޯޓުން ނެރެފައިވާ ސޯނަމްގެ ކަފާލާތު ބާތިލުކުރުމަށް އެ ފްރޮވިންސްގެ ސަރުކާރުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލަމުން ކޯޓުން ބުނީ، ހައްޔަރުކުރުމުގެ ސަބަބު ބަޔާންކުރާ ލިޔުމަކީ އެއްވެސް ފިކުރެއް ނެތި، ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ތައްޔާރުކޮށްފައިވާ "ހެއްވާ" ލިޔުމެއް ކަމަށެވެ.

    ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބޭރުކޮށްލައްވަމުން ފަނޑިޔާރު ޑަބްލިއު. ދިއެންގްޑޯ ފާހަގަކުރެއްވި ގޮތުގައި، 2025 ޖޫން 9 ވަނަ ދުވަހު ގަޒީޕޫރުގެ ވަން ސްޓޮޕް ސެންޓަރުން ސޯނަމްއަށް ދޫކުރި އޭނާ ސޮއިކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، އެއީ މައްސަލައިގެ ހަގީގަތަށް އެއްވެސް ބެލުމެއް ނެތި ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ހަގީގީ ތުހުމަތަކީ ކޮބައިކަން އެ ލިޔުމުން އެނގެން ނެތް ކަމަށް ކޯޓުން ފާހަގަކުރިއެވެ.

    ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ލިޔުމުގައި ސޯނަމްއަކީ "އިއްތިހާދުގެ ހަތިޔާރު އެޅި ފައުޖަކުން ފިލައިގެން އުޅޭ މީހެއް ކަމަށް ތުހުމަތުކުރެވޭ" ކަމަށާއި، "އިންޑިއާއިން ބޭރުގައި ކުށެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ" ކަމަށް ލިޔެފައި ހުރުމަކީ ބުއްދި ގަބޫލުކުރެވޭ ކަންކަމެއް ނޫނެވެ. މީގެ އިތުރުން، އޭނާއަކީ މީގެ ކުރިން ކުށް ސާބިތުވެފައިވާ މީހެއް ކަމަށާއި، މިނިވަންވުމަށްފަހު އުޅޭނޫޅޭ ތަނުގެ މައުލޫމާތު ދީފައިނުވާ ކަމަށްވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

    ކޯޓުން އިތުރަށް ބުނީ، މީހަކު ހައްޔަރުކުރާއިރު އެކަން ކުރާ އިދާރާއަކުން މިފަދަ އިހުމާލުތައް ވުމަކީ ހައްޔަރުކުރެވޭ މީހާގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި ހައްޔަރުކުރި ފުރަތަމަ މަރުހަލާގައިވެސް އޭނާ ހައްޔަރުކުރި ހަގީގީ ސަބަބު ބަޔާންކޮށްދެވިފައި ނުވާކަން މިކަމުން ސާފުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

    މީގެ އިތުރުން، ފުލުހުންގެ ލިޔެކިޔުންތަކުގައި މީހަކު މެރުމުގެ ކުށް ބަޔާންކުރާ ގާނޫނީ މާއްދާގެ ބަދަލުގައި، އުފެދުމުގައިވެސް ނެތް މާއްދާއެއް (ސެކްޝަން 403(1)) ބޭނުންކޮށްފައިވަނީ "ލިޔުމުގައި އެރި ކުށަކުން" ކަމަށް ސަރުކާރުން ބުނި ނަމަވެސް، ކޯޓުން އެކަން ބަލައެއް ނުގަތެވެ. ކޯޓުން ބުނީ މިއީ ތަކުރާރުކޮށް ހިނގާފައިވާ އުނިކަމެއް ކަމަށާއި، މިއީ ކަމާބެހޭ ފަރާތްތަކުން ޒިންމާދާރުކަމެއް ނެތި ކަންކަން ކުރާކަމުގެ ހެއްކެއް ކަމަށެވެ. މައްސަލައިގެ ބިންގާ އެޅުނުއިރުވެސް މިފަދަ ބޮޑެތި ގޯސްތަކެއް ހުރުމުން، އޭގެ ފަހުން ކުރާ އެއްވެސް ކަމަކުން އެކަން އިސްލާހު ނުކުރެވޭނެ ކަމަށްވެސް ހުކުމުގައިވެއެވެ.

    ހައިކޯޓުން ސާފުކޮށްދިން ގޮތުގައި ހައިކޯޓްގެ އެ ނިންމުމަކީ ހަމައެކަނި ހައްޔަރުކުރުމުގެ އިޖުރާއަތްތަކާ ގުޅޭ ނިންމުމެކެވެ. މައްސަލައިގެ ތަހުގީގަށާއި، ދައުވާ އުފުލުމަށް ނުވަތަ މިހާރު ކުރިއަށްދާ ޝަރީއަތަށް މިކަމުގެ ސަބަބުން އެއްވެސް ހުރަހެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.

    މައްސަލައިގެ ފަހަތުގައިވަނީ، އިންޑޯރަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ރާޖާ އާއި ސޯނަމް 2025 މޭ 11 ގައި ކައިވެނިކޮށް، ހަނީމޫނަށް މޭގަލާޔާއަށް ދިޔަ ހާދިސާއެވެ. އެ ދެމަފިރިން ގެއްލިގެން ހޯދަނިކޮށް، ރާޖާގެ ހަށިގަނޑު ފެނުނީ ފުން އަޑިގަޑެއްގެ ތެރެއިންނެވެ. މި މަރުގެ ތުހުމަތުގައި ސޯނަމްގެ އިތުރުން އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރާޖް ކުޝްވާހާ އާއި އިތުރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

    ދިހަ މަސް ދުވަހު ބަންދުގައި ހުރުމަށްފަހު، ސޯނަމްއަށް ކަފާލާތު ލިބުނީ ފުލުހުންގެ އިހުމާލުގެ ސަބަބުން ހައްޔަރުކުރުމުގެ އިޖުރާއަތްތައް ފުރިހަމަނުވާ ކަމަށް ބުނެ ދަށު ކޯޓުންނެވެ. ހައިކޯޓުން މިހާރު މިވަނީ ދަށު ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށް، ސަރުކާރުން ހުށަހެޅި މައްސަލަ ބޭރުކޮށްލާފައެވެ.

    ]]>
    Thu, 02 Jul 2026 00:38:33 +0500 ނިއުސް ޑެސްކް
    ދޫނިރޯގާ ފެތުރޭތީ ޒޫ ބަންދުކޮށް، ހަލައްކައެއްހާ ކުކުޅު ނައްތާލައިފި https://heerasnews.com/4348 https://heerasnews.com/4348 ދޫނި ރޯގާ ފެތުރޭތީ ނޭޕާލްގައި ޒޫ ބަންދުކޮށް، 596000 އަށްވުރެ ގިނަ ކުކުޅު ނައްތާލައިފިިއެވެ. ނޭޕާލުގައި ދޫނި ރޯގާގެ ބަލިމަޑުކަން ފެތުރެން ފެށީއްސުރެ، ސަރުކާރުގެ އޮފިޝަލުންގެ ބެލުމުގެ ދަށުން ގިނަ އަދަދެއްގެ ކުކުޅާއި ގެންގުޅޭ އެހެނިހެން ދޫނި ސޫފާސޫފި ނައްތާލާފައިވާއިރު، މިލިއަނަކަށްވުރެ ގިނަ ބިސް ވެސް ވަނީ ނައްތާލާފައެވެ.

    ޑިޕާޓްމަންޓް އޮފް ލައިވްސްޓޮކް ސާވިސަސްގެ ޑިރެކްޓަރ ޖެނެރަލް އުމޭޝް ދަހާލް ވިދާޅުވި ގޮތުގައި، ނޭޕާލުގެ 11 ޑިސްޓްރިކްޓަކުން ދޫނި ރޯގާ ވަނީ ފެނިފައެވެ. މީގެ ތެރޭގައި ކަތަމަންޑޫގެ ތިން ސަރަހައްދެއް ވެސް ހިމެނެއެވެ. އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ ވެސް މި ސަރަހައްދުތަކުގައެވެ.

    ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ބަލި ފެތުރެނީ ކާޅުގެ ޒަރީއާއިންނެވެ. މިކަމާ ގުޅޭގޮތުން ދަހާލް ވިދާޅުވީ، ބަލި ޖެހިގެން ކާޅުތައް މަރުވަމުންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ކާޅަކީ ވަލު ދޫންޏަކަށް ވާތީ، އެ އެއްޗެހީގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަކީ އިންތިހާއަށް އުނދަގޫ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

    ނޭޕާލުން އެންމެ ފުރަތަމަ ދޫނި ރޯގާ ފެނިފައިވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

    "އެޗް5" ވައްތަރުގެ މި ރޯގާއަކީ މުޅި ދުނިޔޭގައި ވެސް ދޫނި ސޫފާސޫފީގެ މެދުގައި ވަރަށް ހަލުވިކަމާއެކު ފެތުރި، ގިނަ އަދަދެއްގެ ދޫނި މަރުވާ ބައްޔެކެވެ. ދޫނި ރޯގާޖެހިގެން އިންސާނުން ވެސް މަރުވެއެވެ. ނަމަވެސް، ނޭޕާލުގައި މިހާތަނަށް މި ބަލީގައި އިންސާނަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

    ކޯވިޑް-19 ގެ ބަލިމަޑުކަމަށްފަހު، ވެރިރަށް ކަތަމަންޑޫގައި ހުންނަ ޒޫ ފުރަތަމަ ފަހަރަށް ބަންދުކުރީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައެވެ. ޒުލުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޒުލުގައި ތިބި ބައެއް ދޫނިތަކާއި ޖަނަވާރުތަކަށް ދޫނި ރޯގާވަނީ ޖެހިފައެވެ. ދޫނި ރޯގާޖެހިގެން ޒުލުން ބާޒާއި، ކޮތަރާއި އަދި ބައެއް ވައްތަރުގެ ބަކަމޫނު މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވައިރަސް ކޮންޓްރޯލް ކުރެވެންދެން މި ޒޫ އޮންނާނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ.

    ]]>
    Wed, 01 Jul 2026 12:05:06 +0500 ނާއިރާ
    ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިޔުމުގެ ނުރައްކާ ބޮޑުވުން https://heerasnews.com/4342 https://heerasnews.com/4342 އިންޑިއާގެ އިރުއުތުރު ސަރަހައްދަށް ކުރަމުންދާ ބޯ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ރޭލު ދަތުރުފަތުރަށް ބުރޫއަރައި، އާސާމްގެ 16000 އަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށްފިއެވެ. އަދި އަރުނާޗަލް ޕްރަދޭޝްއަށް ވަނީ "ރެޑް އެލާޓް" ނެރެފައެވެ.

    މި މަހުގެ ކުރީކޮޅުން ފެށިގެން އަރުނާޗަލް ޕްރަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުންތަކާއި ކުއްލި ކުއްލިއަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، މަގުތަކުގެ ގުޅުން ވަނީ ވަރަށް ބޮޑަށް މެދުކެނޑިފައެވެ.

    އާދިއްތަ ދުވަހުވެސް އިންޑިއާގެ އިރުއުތުރުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެފައިވާއިރު، އާސާމްގެ ދޭމާޖީ ޑިސްޓްރިކްޓްގައި ފެންބޮޑުވުމުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އެ ސަރަހައްދުގެ ކޯރުތަކުގެ އައްސޭރިފަށް ގިރުމުގެ ސަބަބުން ރޭލު ދަތުރުފަތުރުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. 

    ރޭލު ބްރިޖަކަށް ގެއްލުންވުން:

    ދޭމާޖީ ޑިސްޓްރިކްޓްގެ އަރްޗިޕަތާރް އާއި ސިމެން ޗަޕާރީ ސްޓޭޝަނާ ދެމެދު އޮންނަ ރޭލު ބްރިޖެއްގެ ބައެއް، ކޯރުގެ ފެންގަނޑު ބޮޑުވެ އައްސޭރިފަށް ގިރުމުގެ ސަބަބުން ވަނީ ކައްސާލާފައެވެ. ނޯތުއީސްޓް ފްރޮންޓިއާ ރޭލްވޭ (އެން.އެފް.އާރް) އިން ބުނި ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބްރިޖްގެ ތަނބެއް ވަނީ ނުރައްކާތެރި ހާލަތެއްގައެވެ. ފެންބޮޑުވުމާ ގުޅިގެން ރޭލު ދަތުރުތައް ކުރިން މެދުކެނޑާލާފައި އޮތުމުން، އެއްވެސް ރޭލަކަށް ގެއްލުމެއް ނުލިބެއެވެ. އަދި މީހަކަށް އަނިޔާއެއްވެސް ނުވެއެވެ.

    ބަހުގެ ހިދުމަތް ހަމަޖެއްސުން:

    އެން.އެފް.އާރް އިން ވަނީ މުރްކޮންގްސެލެކް އާއި ސިލަޕަތާރް ސެކްޝަނާ ދެމެދު ކުރާ ރޭލު ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. މި މަގުން ދަތުރުކުރާ ރޭލުތައް މިހާރު ދަތުރު ނިންމާނީ އަދި ފަށާނީ ސިލަޕަތާރް އިންނެވެ. ދަތުރުވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން ރޭލްވޭ އިން ވަނީ ބަހުގެ ހިދުމަތް ހަމަޖައްސާފައެވެ. އަދި ދޭމާޖީ، ސިލަޕަތާރް އަދި މުރްކޮންގްސެލެކް ސްޓޭޝަންތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޑެސްކުތައް ވަނީ ގާއިމުކޮށްފައެވެ.

    ދޭމާޖީގެ 16,000 އެއްހާ މީހުންނަށް އަސަރުކުރުން:

    އާސާމް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އޭ.އެސް.ޑީ.އެމް.އޭ) އިން ބުނި ގޮތުގައި ދޭމާޖީ ޑިސްޓްރިކްޓްގެ 69 އަވަށެއްގެ ގާތްގަނޑަކަށް 16,000 މީހުންނަށް ފެންބޮޑުވުމުގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ. އެ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

    އެހީގެ މަސައްކަތްތައް ޗީފް މިނިސްޓަރު ބެއްލެވުން:

    އާސާމްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ވިދާޅުވީ، ފެންބޮޑުވުމުގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުންދާ ކަމަށެވެ. އަދި ވަޒީރުން ކަމަށްވާ ސުޝަންތާ ބޯގޮހައިން އާއި ކޭޝަބް މަހަންތާ، ދޭމާޖީގައި މަޑުކުރައްވައިގެން ރެސްކިއު އޮޕަރޭޝަންތައް ބެއްލެވުމަށް އޭނާ ވަނީ އަންގަވާފައެވެ.

    މަރުކަޒީ ސަރުކާރުގެ އެހީތެރިކަން:

    އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާ ވަނީ އާސާމް، އަރުނާޗަލް ޕްރަދޭޝް، މަނިޕޫރު އަދި ސިއްކިމްގެ ޗީފް މިނިސްޓަރުންނާ ވާހަކަދައްކަވައި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުކަޒީ ސަރުކާރުން ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

    ސަލާމަތީ އިދާރާތައް ތައްޔާރީ ހާލަތުގައި:

    އެން.ޑީ.އާރް.އެފް އާއި އެސް.ޑީ.އާރް.އެފް އަދި ފަޔާ ސާވިސަސް ފަދަ އިދާރާތަކުން ދަނީ ނުރައްކާ އޮތް ސަރަހައްދުތައް މޮނިޓާކޮށް، ހަލާކުވެފައިވާ އިންފްރާސްޓްރަކްޗަރ މަރާމާތުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

    އަރުނާޗަލް ޕްރަދޭޝްގެ ހާލަތު:

    މި މަހުގެ ކުރީކޮޅު ކުރި ވާރޭގައި އަރުނާޗަލް ޕްރަދޭޝްގެ މަގުތައް ބަންދުވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. ހާލުގައި ޖެހިފައި ތިބި ފަތުރުވެރިންނާއި ބަލިމީހުން ހިމެނޭހެން މަދުވެގެން 30 މީހަކު ވަނީ ވައިގެ މަގުން ސަލާމަތްކޮށްފައެވެ. އަދި ކޭއީ ޕަންޔޯރް ޑިސްޓްރިކްޓްގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު 4 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

    ރެސްކިއު އޮޕަރޭޝަންތައް:

    އަރުނާޗަލްގެ ޗީފް މިނިސްޓަރު ޕޭމާ ކާންޑޫ ވިދާޅުވީ ސަރުކާރުން ހާލަތު ބަލަމުންދާ ކަމަށެވެ. ހާލުގައި ޖެހުނު 14 ފަތުރުވެރިއަކު ނަހަރްލަގޫން އަށް ވަނީ ގެންގޮސްފައެވެ. އަދި އިތުރު 11 ފަތުރުވެރިންނާއި ބަލިމީހަކު ދަޕޯރިޖޯ އިން ވަނީ ސަލާމަތްކޮށްފައެވެ. އިންޑިއަން އެއަރ ފޯސް އާއި ސިވިލް އޭވިއޭޝަނުން ވަނީ ހެލިކޮޕްޓަރުގެ ފަސް ދަތުރުކޮށް، ބަންދުވެފައިވާ މުހިންމު މަގުތައް ހުޅުވާފައެވެ.

    ރެޑް އެލާޓް ނެރުން:

    އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައި.އެމް.ޑީ) އިން ވަނީ އަރުނާޗަލް ޕްރަދޭޝްގެ ފަސް ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފައެވެ. އެއީ 24 ގަޑިއިރު ތެރޭގައި 200 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީއެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އާންމުންނަށް ވަނީ އިރުޝާދު ދީފައެވެ.

    ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރުން:

    އައި.އެމް.ޑީ އިން ލަފާކުރާ ގޮތުގައި އިރުއުތުރުގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ބޯކޮށް ވާރޭވެހޭނެއެވެ. އެހެންކަމުން، އިތުރަށް ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، ޒަރޫރީ ހިދުމަތްތަކަށް ބުރޫއެރުމުގެ ފުރުސަތު އޮތުމުން ސަމާލުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

    ]]>
    Mon, 29 Jun 2026 15:47:02 +0500 ނިއުސް ޑެސްކް
    ޖަޕާނަށް އެކުއެކުގައި ދެ ތޫފާން އަރާ ބޯވާރޭވެހި ބިންގަނޑު ކަޑައިގެންދިޔުން https://heerasnews.com/4334 https://heerasnews.com/4334 ޖަޕާނަށް މިހާރު ކުރިމަތިވަމުންދަނީ "ފުޖިވަރާ އެފެކްޓް" ކަމަށް ބެލެވޭ ވަރަށް ނާދިރު އަދި ނުރައްކާތެރި މޫސުމީ ހާލަތެކެވެ. މިއީ ބާރުގަދަ ދެ ތޫފާނެއް އެކަތި އަނެކައްޗާ ގާތްވެ، އެއް މަރުކަޒެއްގެ ވަށައިގެން އެނބުރެން ފެށުމުން މެދުވެރިވާ ހާލަތެކެވެ. މި ކަމުގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުފަތުރަށާއި ތިމާވެއްޓަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވެއެވެ.

    ހޮނިހިރު ދުވަހު ޖަޕާނަށް ކުރިމަތިވި ބާރުގަދަ ދެ ތޫފާނުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، އެކަކު މަރުވެ އިތުރު ބަޔަކު ޒަހަމްވެއްޖެ ކަމަށް ޖަޕާންގެ މީޑިއާތަކާއި އޮފިޝަލުން ހާމަކޮށްފައި ވެއެވެ.

    "މެކަލާ" އަދި "ހީގޯސް" ގެ ނަން ދެވިފައިވާ މި ދެ ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޖަޕާނަށް މިދުވަސްވަރަކީ އަހަރީ ވިއްސާރަ މޫސުމެވެ.

    ކިޔޯޓޯގެ އޮކާމާ ކޯރުގެ ފެން ބޮޑުވެ، އައްސޭރިފަށުން ފެންގަނޑު ބޭރުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ.

    ޖަޕާނުގެ ކިޔޯޓޯ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ޔަމަގޫޗީ ޕްރިފެކްޗަރގައި ބިންގަނޑު ކަނޑައިގެން ގޮސް ގެއެއް ބިންދައިގެން ދިއުމުގެ ސަބަބުން، އުމުރުން 70 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

    ކިޔޯޓޯގެ ޓީވީ މަންޒަރުތަކުން ފެންނަ ގޮތުގައި، އެ ސިޓީގައި އޮންނަ ކާމޯ ކޯރުގައި ވަނީ އާދަޔާ ހިލާފަށް ބޮޑުވެފައެވެ. ވެހުނު ބޯވާރޭގެ ސަބަބުން ކޯރުގެ ފެންގަނޑުވަނީ މަޑު ކަޅުކުލައިގެ ފެންގަނޑަކަށް ބަދަލުވެފައެވެ. ކިޔޯޓޯ، އޮސާކާ އަދި ޖަޕާނުގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކަށް މިހާރުވަނީ ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ނެރެފައެވެ.

    ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނި ގޮތުގައި، ހުކުރު ދުވަހު ނާރާ އަދި ހީރޯޝީމާގެ 30 އަށްވުރެ ގިނަ ގެއަށް ވަނީ ފެންވަދެފައެވެ. ތޫފާންތަކުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ބިރު ބޮޑުވެފައިވާތީ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަނެ، ކަމާބެހޭ އިދާރާތަކުން ވަނީ ދެވަނައަށް އެންމެ މަތީ ދަރަޖައިގެ ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފައެވެ. މީގެ އިތުރުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ ރޭލު ދަތުރުފަތުރަށާއި ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

    ތޫފާނުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން، ޖަޕާން އެއާރލައިންސް އާއި އޯލް ނިޕޮން އެއާރވޭސް ފަދަ ބޮޑެތި އެއާރލައިންތަކުން ވަނީ އޮކިނާވާ އާއި ކަގޯޝިމާ ފަދަ ދެކުނުގެ ސަރަހައްދުތަކަށް ކުރަން ހަމަޖެހިފައިވާ 120 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައެވެ.

    ދާދި ފަހުން އެ ސަރަހައްދަށް ކުރިމަތިވި ބިންހެލުންތަކާ ދެ ތޫފާނުގެ ބާރާއި ގުޅިގެން މޫސުން ވަނީ އިންތިހާއަށް ގޯސްވެފައެވެ. 

    .

                        

                            

                        

    ]]>
    Sat, 27 Jun 2026 19:38:28 +0500 ހީރަސް
    ގަދަ ހޫނެއް ޔޫރަޕަށް ކުރިމަތިވެ ގިނަ ބަޔަކު މަރުވަނީ https://heerasnews.com/4330 https://heerasnews.com/4330 ޔޫރަޕަށް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ ކާރިސާގައި، މިދިޔަ ހުކުރު ދުވަހު ޖަރުމަނުވިލާތާއި، ބެލްޖިއަމް އަދި ނެދަލޭންޑްސްގައި މީގެ ކުރިން ޖޫން މަހެއްގައި ރެކޯޑު ނުކުރާ މިންވަރަށް ހޫނުމިން މަތިވެއްޖެއެވެ. މި ހޫނުގަދަވުމުގެ ސަބަބުން ސްޕެއިން އާއި ފަރަންސޭސިވިލާތުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސިއްހީ ނުރައްކާތަކަށް ބަލައި ކޮންސެޓްތަކާއި އާންމު އެކި ހަރަކާތްތައް ކަމާބެހޭ ފަރާތްތަކުން ވަނީ ކެންސަލްކޮށްފައެވެ.

    ޖަރުމަނުވިލާތުގެ ތާރީހުގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ މަތީ ހޫނުމިން ކަމަށްވާ 41.3 ޑިގްރީ ސެލްސިއަސް ރެކޯޑުކުރެވިފައިވަނީ ފަރަންސޭސި ބޯޑަރު ކައިރީގައި އޮންނަ ސާބްރޫކަން ސިޓީގައެވެ. ފަރަންސޭސިވިލާތުގައި ވެސް މި ހަފުތާގައި ވަނީ ވިދިވިދިގެން ތިން ދުވަހު އާދަޔާހިލާފަށް ހޫނުމިން މަތިވެފައެވެ. ފަރަންސޭސިވިލާތުގެ ހޫނުމިން މިހާރު ކުޑަކޮށް ދަށްވާން ފެށި ނަމަވެސް، އެ ގައުމުގެ ހެލްތު މިނިސްޓަރު ސްޓެފަނީ ރިސްޓް ވިދާޅުވީ، ގޭގޭގައި މީހުން މަރުވާ މިންވަރު އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

    ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ (ޑަބްލިއު.އެމް.އޯ) ގެ ތަރުޖަމާނު ކްލެއާ ނުލިސް އިންޒާރު ދެއްވި ގޮތުގައި، މީގެ ސަބަބުން ސިއްހަތަށާއި، ތިމާވެއްޓަށާއި، ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. އަދި ހިތާމައާއެކުވެސް މިފަދަ ހާލަތްތަކަށް އާދަވާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

    ޔޫރަޕްގެ ދެކުނުން ފެށުނު މި ހޫނުގަދަވުން މިހާރު ދަނީ މަޑުމަޑުން އުތުރަށާއި އިރުމައްޗަށް ފެތުރެމުންނެވެ. ބެލްޖިއަމްގެ ކްލައިން ބްރޯގަލްގައި 40 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މަތިވެފައިވާއިރު، ނެދަލޭންޑްސްގެ ލިމްބާގް ޕްރޮވިންސްގައި 39.4 ޑިގްރީ ސެލްސިއަސް ވަނީ ރެކޯޑުކުރެވިފައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ ސަފޯކް ސަރަހައްދުގައި ޖޫން މަހުގެ ރެކޯޑު ހޫނުމިނެއް ކަމަށްވާ 37.1 ޑިގްރީ ސެލްސިއަސް ވަނީ ރެކޯޑުކުރެވިފައެވެ. އޭއެފްޕީ ނިއުސް އެޖެންސީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޔޫރަޕް ބައްރުގެ 150 މިލިއަނަށްވުރެ ގިނަ މީހުން ދަނީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީ ހޫނުމިނެއް ތަހައްމަލު ކުރަމުންނެވެ.

    ސްވިޒަލޭންޑްގައި އޮންނަ ބެޒްނޯ ނިއުކްލިއަރ ޕަވަރ ޕްލާންޓުގެ ދެ ރިއެކްޓަރުވެސް ވަނީ ހުކުރު ދުވަހު ހުއްޓާލާފައެވެ. އެއީ ރިއެކްޓަރުތައް ފިނިކުރުމަށް ބޭނުންކުރާ އާރޭ ކޯރުގެ ފެނުގެ ހޫނުމިން 25 ޑިގްރީ ސެލްސިއަސްއަށް އުފުލުމާ ގުޅިގެންނެވެ. މީގެ އިތުރުން، ނެދަލޭންޑްސްގެ ބޮޑު ސަރަހައްދަކަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ނެރެފައިނުވާ ފަދަ "ކޯޑް ރެޑް" އެލާޓެއް ނެރެފައެވެ.

    ސައިންސްވެރިން ބުނާ ގޮތުގައި، ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ހޫނުމިން މިހާރު ހުރީ އާންމުކޮށް މި ދުވަސްވަރު ހުންނަ މިންވަރަށްވުރެ 5 އާއި 12 ޑިގްރީ ސެލްސިއަސް މަތީގައެވެ. ދުނިޔެ ހޫނުވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ޔޫރަޕަށެވެ. ކޮޕަރނިކަސް ކްލައިމެޓް ސާވިސްއިން ބުނާ ގޮތުގައި، ދުނިޔޭގެ އެހެން ބައްރުތަކަށްވުރެ ދެގުނަ ހަލުވިމިނެއްގައި ޔޫރަޕް ދަނީ ހޫނުވަމުންނެވެ.

    މި ހޫނުގެ ސަބަބުން ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ. އެގޮތުން، ކޮލޯން އިން ޕެރިހަށް ދަތުރުކުރި ޔޫރޯސްޓާ ރޭލެއް ހުއްޓި، އޭގައި ތިބި 400 އެއްހާ މީހުން ހޫނުގެ ތެރޭގައި ތާށިވިއެވެ. މީގެ ތެރެއިން ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. ފަރަންސޭސިވިލާތުގައި ހޮސްޕިޓަލްތައް ފުރިފައިވުމުގެ ސަބަބުން، ހަފުތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ޕެރިސް ޕްރައިޑް" މާޗާއި "ސޮލިޑޭސް" މިއުޒިކް ފެސްޓިވަލް ފަދަ ބޮޑެތި ހަރަކާތްތައް ވަނީ ފަސްކޮށް ނުވަތަ ކެންސަލްކޮށްފައެވެ.

    ހޫނުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. ފަރަންސޭސިވިލާތުގައި ހޫނު ގަދަވެގެން ކާރުތަކުގެ ތެރޭގައި ތާށިވެގެން ކުޑަކުދިން މަރުވުމުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި ހޫނުން ސަލާމަތްވުމަށް މޫދަށް އެރުނު މީހުންގެ ތެރެއިން 55 މީހަކު ގެނބިގެން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސްޕެއިންގައި ވެސް ހޫނާ ގުޅުންހުރި ސަބަބުތަކާ ހުރެ 327 މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ.

    ސްވިޒަލޭންޑްގެ ގްލޭޝިއާ (ސްނޯ ފަރުބަދަ) ތައް ދިރާސާކުރާ ޓީމުތަކުން ބުނާ ގޮތުގައި، މި ހޫނުގެ ސަބަބުން ފަރުބަދަތަކުގައި ހުރި ގަނޑުފެންތައް އާދަޔާހިލާފު ހަލުވިމިނެއްގައި ދަނީ ވިރެމުންނެވެ. އާންމުކޮށް އޯގަސްޓް މަހު ވިރެން ފަށާ މިންވަރަށް، މިހާރުވެސް ގަނޑުފެންތައް ވިރެން ފަށާފައިވާ ކަމަށާއި، މިއީ ތާރީހުގައި ވެސް ގަނޑުފެން އެންމެ ބޮޑަށް ވިރިގެންދާނެ އެއް އަހަރަށް ވުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

    ]]>
    Sat, 27 Jun 2026 03:07:22 +0500 ނިއުސް ޑެސްކް
    ފީފާ އިން ވޯލްޑްކަޕް ކޮމަންޓޭޓަރެއްގެ ހުއްދަ ބާތިލްކޮށްފި https://heerasnews.com/4321 https://heerasnews.com/4321 ތުރުކީއާ ދެކޮޅަށް ޕަރަގުއޭ ކުޅުނު މެޗުގައި މިގޭލް އަލްމިރޯންއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، ފީފާއަށާއި މެޗުގެ އޮފިޝަލުންނަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަދެއްކި ފުޓްބޯޅަ ކޮމެންޓޭޓަރެއްގެ ވޯލްޑް ކަޕް އެކްރެޑިޓޭޝަން ފީފާއިން ބާތިލްކޮށްފިއެވެ.

    ޕަރަގުއޭގެ އަލްމިރޯންއަށް ރަތް ކާޑު ދެއްކީ، ދަނޑުމަތީގައި ހިނގާ ކުރިމަތިލުންތަކުގައި ކުޅުންތެރިން އަނގަ ނިވާކޮށްގެން ތިބުން މަނާކުރާ އައު ގަވާއިދާ ހިލާފުވުމުންނެވެ. މި ގަވާއިދުގެ ދަށުން ދަނޑުން ބޭރުކޮށްލި ފުރަތަމަ ކުޅުންތެރިޔަކީ އަލްމިރޯންއެވެ. މި ހާދިސާއާ ގުޅިގެން ލައިވް ޓީވީގައި ވާހަކަދައްކަމުން ދިޔަ ހޯހޭ 'ޗިޕީ' ވޭރާގެ ކޮންޓްރޯލް ނެއްޓި، ނުރަނގަޅު ބަސްމަގު ބޭނުންކުރީއެވެ.

    އަލްމިރޯން ދަނޑުން ބޭރުކޮށްލީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، ތުރުކީގެ މާޓް މުލްޑޫރާ ދިމާލަށް އެއްޗެކޭ ބުނިއިރު އަތުން އަނގަ ނިވާކޮށްގެން ހުރުމުންނެވެ.

    އެކަމާ ރުޅިއައިސްގެން ކޮމެންޓޭޓަރު ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރެފްރީއަކީ "ވަގުން" ކަމަށް ސިފަކޮށްފައެވެ. ޕަރަގުއޭގެ ކުޅުންތެރިއަކު މަދުވުމާ ގުޅިގެން، އެބޭފުޅުން "ފުޓްބޯޅަ މަރާލަނީ" ކަމަށް ބުނެ ތުހުމަތުކުރިއެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އެކަމަށް މާފަށް އެދިފައެވެ. އަދި އޭނާގެ އެކްރެޑިޓޭޝަން ބާތިލްކޮށްފައިވާކަން ހޯމަ ދުވަހުގެ ރޭ 'އެކްސް' މެދުވެރިކޮށް ވަނީ ހާމަކޮށްފައެވެ.

    "ޕަރަގުއޭ އާއި ތުރުކީ ބައްދަލުކުރި މެޗު ބްރޯޑްކާސްޓް ކުރަމުން ދިޔައިރު، އަހަރެންގެ ކޮންޓްރޯލުން ނެއްޓި ބަސްމަގު ގޯސްވި،" މާފަށް އެދުނު ދިގު ބަޔާނުގައި ވޭރާ ބުންޏެވެ. "އަހަރެންގެ ގައުމުގެ ކުޅުންތެރިއަކު ދަނޑުން ބޭރުކޮށްލުމުންނާއި، ގައުމީ ޓީމަށް ބޭއިންސާފުވާ ކަމަށް އިހުސާސް ކުރެވުމުން އައި ރުޅީގައި، ރެފްރީއާއި ފީފާ އަދި އެ އިދާރާގެ އިސްވެރިންނަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކުރެވުނީ"އެވެ.

    ވޭރާ ބުނި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން، ދަނޑުގެ އެތެރޭގައި ނުވަތަ ބޭރުގައިވެސް އޭނާ މަސައްކަތްކުރާ މީޑިއާ އައުޓްލެޓްގެ ވޯލްޑް ކަޕް ކަވަރޭޖްގައި އިތުރަށް ބައިވެރިއެއް ނުވެވޭނެއެވެ. މިކަމާ ގުޅޭގޮތުން ފީފާއިން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެ އިދާރާގެ ކަންކަން ދަންނަ މަސްދަރަކުން ބުނީ، ވޭރާ ބޭނުންކުރި ބަހުރުވަ ބަލައިނުގަނެވޭނެ ކަމަށާއި، އެއީ ޕްރޮފެޝަނަލް ނޫސްވެރިއެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫން ކަމަށް ފީފާއިން ދެކޭ ކަމަށެވެ.

    މަސްދަރުތަކުން ބުނާ ގޮތުގައި، ކުޅިވަރުގެ ގަވާއިދުތަކަށް ފާޑުކިޔުމަކީ ފީފާއިން މައްސަލައަކަށް ހަދާ ކަމެއް ނޫނެވެ. ނަމަވެސް، ވޭރާ ތަކުރާރުކޮށް ފީފާގެ އޮފިޝަލުންނަށް ނިސްބަތްކޮށް ސްޕެނިޝް ބަހުން ބޭނުންކުރި ހުތުރު ބަސްތަކަކީ ކުއްލި ސިހުމެއް ލިބުނު ކަމެކެވެ.

    ފީފާގެ މުބާރާތްތަކުން ނޫސްވެރިން ސަސްޕެންޑް ކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މީގެ ކުރިން ކުރީގެ ރައީސް ސެޕް ބްލެޓާގެ ދައުރުގައި، ފީފާގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރި ނޫސްވެރިޔާ އެންޑްރޫ ޖެނިންގްސް ވަނީ ފީފާގެ ހަރަކާތްތަކުން މަނާކޮށްފައެވެ. ނަމަވެސް އޭނާ ފާހަގަކުރި ގިނަ ކަންތައްތަކަކީ ތެދުކަން ފަހުން އެމެރިކާގެ ކޯޓުތަކުން ވަނީ ސާބިތުވެފައެވެ.

    އޭބީސީ ކާޑިނަލް އަދި އޭބީސީ ޓީވީގައި މަސައްކަތްކުރާ ވޭރާ ވަނީ އެ ޗެނަލްތަކުގެ ސްޕޮންސަރުންގެ ކިބައިން ވެސް މާފަށް އެދިފައެވެ. އަދި ފީފާއަށް މާފަށް އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، ކުރެވުނު ކަންތަކުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް އޭނާ ބުންޏެވެ.

    "ގަވާއިދަކާ މެދު ސުވާލު އުފެއްދުމަކީ ނުވަތަ ރެފްރީގެ ނިންމުމަކާ މެދު އެއްބަސްނުވުމަކީ، އަހަރެންނަށް މިއަދު މިވީ ފަދައިން އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލެންޖެހޭ ސަބަބެއް ނޫން،" އޭނާ އިތުރަށް ބުންޏެވެ. "މި ޕްރޮފެޝަނަށް ބޭނުންވާ ކެތްތެރިކަމާއި އިހުތިރާމް ދެމެހެއްޓުމުގައި އަހަރެން މިވަނީ ނާކާމިޔާބުވެފައި" ވޭރާ ބުންޏެވެ. 

    ]]>
    Wed, 24 Jun 2026 16:35:32 +0500 ނިއުސް ޑެސްކް
    ރިސޯޓެއްގައި އަލިފާންރޯވެ އަންހެން ފަތުރުވެރިއަކު މަރުވެއްޖެ https://heerasnews.com/4306 https://heerasnews.com/4306 ޑޮމިނިކަން ރިޕަބްލިކްގެ ރިސޯޓެއްގައި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަތުރުވެރިއަކު މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.

    ލާ އަލްޓަގްރާސިއާ ޕްރޮވިންސްގައި ހުންނަ "ވީވާ ޑޮމިނިކަސް ބީޗް" ރިސޯޓުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓަރުންގެ 15 ޔުނިޓަކުން ހަރަކާތްތެރިވި ކަމަށް ޑޮމިނިކަން ރިޕަބްލިކްގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

    ހާދިސާ ހިނގަން ފެށީ ހުކުރު ދުވަހުގެ ހެނދުނު 11  ޖަހާކަށްހާއިރު ކަމަށާއި، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް ފަސް ގަޑިއިރުގެ މަސައްކަތުން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

    މި ހާދިސާގައި މަރުވެފައިވަނީ އިޓަލީ ވިލާތަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ ފްރާންސެސްކާ ވެލެންޓީނޯ ނަމަކަށް ކިޔާ އަންހެނެއް ކަމަށް ހޮނިހިރު ދުވަހު މިނިސްޓްރީން ކަށަވަރުކޮށްދިނެވެ. މީގެ އިތުރުން، ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

    ގާތްގަނޑަކަށް 700 ކޮޓަރި ހިމެނޭ މި ރިސޯޓުގެ މަތިން ބޯ ދުންގަނޑު އަރަމުންދާ މަންޒަރު ފެންނަ އަސަރުގަދަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

    ޑޮމިނިކަން އޮފިޝަލުން ވިދާޅުވި ގޮތުގައި، ހާދިސާ ހިނގި ވަގުތު ރިސޯޓުގައި ތިބި 1,700 އެއްހާ ފަތުރުވެރިން ވަނީ ރައްކާތެރިކަމާއެކު އެ ސަރަހައްދުގެ އެހެން ހޮޓާތަކަށް ބަދަލުކޮށްފައެވެ. މީގެ ތެރޭގައި 177 ކުޑަކުދިންނާއި 21 ތުއްތު ކުދިން ހިމެނެއެވެ.

    ޕުންޓާ ކަނާ އާއި ސަންޓޯ ޑޮމިންގޯއާ ދެމެދުގައި އޮންނަ މި ރިސޯޓަކީ "ވިންޑްހަމް ހޮޓެލްސް އެންޑް ރިސޯޓްސް" އާ ގުޅިގެން ހިންގަމުންދާ ތަނެކެވެ.

    ވިންޑްހަމް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ ފަޔަރ ޑިޕާޓްމަންޓްތަކާއި އެމަޖެންސީ އޮފިޝަލުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ހޮޓެލް މިހާރު ވަނީ ބަންދުކޮށްފައެވެ.

    "ހޮޓެލްގެ ޓީމުތަކުން ވަނީ ފަތުރުވެރިންނާއި މުވައްޒަފުން ރައްކާތެރިކަމާއެކު އެތަނުން ބޭރުކޮށްފައި. އެހެންނަމަވެސް، އެކަކު މަރުވުމާ ގުޅިގެން އަޅުގަނޑުމެން ނުހަނު ހިތާމަކުރަން. އަދި މަރުވި މީހާގެ އާއިލާއަށް އަޅުގަނޑުމެން ތައުޒިޔާ ފޮނުވަން،" ވިންޑްހަމްގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމްގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާ ކަމަށާއި، ވަކި ގޮތެއް އަންގަންދެން ރިސޯޓު ބަންދުކޮށްފައި އޮންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

    މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ޑޮމިނިކަން އޮފިޝަލުން ގެންދަވަނީ އެކަން ތަހުގީގު ކުރައްވަމުންނެވެ.

    ]]>
    Sat, 20 Jun 2026 23:42:17 +0500 ހީރަސް
    އިންޑިއާ މިނިވަންވީ ފަހުން ދެކޭ އެންމެ އަނދިރި ވަގުތު https://heerasnews.com/4293 https://heerasnews.com/4293 އިންޑިއާގެ އުތުރުގައި އުމުރުން އެންމެ 8 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ރަހުމުކުޑަ ގޮތަކަށް ޖިންސީ ގޯނާކޮށް މަރާލި ހާދިސާއާ ގުޅިގެން މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. އަށް އަހަރުގެ ކުޑަކުއްޖަކަށް ރަހުމުކުޑަ ގޮތަކަށް އަނިޔާވެރިވުމަކީ އިންސާނިއްޔަތުކަން ކުޑަވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށާއި މި ވަގުތަކީ އިންޑިއާ މިނިވަން ވީއްސުރެ ދެކޭ އެންމެ އަނދިރި ވަގުތުކަމަށް ރިޓަޔަރޑް ސިވިލްސަރވަންޓް ގްރޫޕަކުން ބޮޑުވަޒީރު މޯދީއަށް ފޮނުވި ސިޓީއެއްގައި ބުނެފިއެވެ. 

    އަނިޔާވެރި ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ އަށް އަހަރުގެ އާސިފާ ބާނޯއަކީ އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ހިމަލަޔަން ފަރުބަދަމަތީ ސަރަހައްދުތަކުގައި ގެރިބަކަރި ހުއިހައްޕައިގެން ދިރިއުޅޭ "ބައްކަރްވާލް" ނަމަކަށް ކިޔާ މުސްލިމް ގަބީލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު، ޖަންގަލި ތެރެއަށް އަސްތައް ހޯދަން ދިޔަ ގޮތަށް ހަބަރެއް ނުވެ ދެދުވަސް ވުމުންނެވެ. އޭގެ ފަސް ދުވަސް ފަހުން އޭނާގެ ހަށިގަނޑު ފެނުނެވެ.

    އިންޑިއާގެ ނޫސް އޭޖެންސީއެއް ކަމަށްވާ "ފަސްޓްޕޯސްޓް" އިން ފުލުހުންގެ ތަހުގީގާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކުއްޖާ ވަނީ ވަގަށް ނަގައި، މަސްތުވާ އެއްޗެއް ދީގެން ގުރޫޕް ރޭޕްކޮށްފައެވެ. އަދި އޭގެ ފަހުން ކަރުގައި ހިފާ މަރާލާފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

    ތަހުގީގީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުގެ ރިޓަޔަރޑް އޮފިސަރެއް ކަމަށްވާ ސަންޖީ ރާމް މި ޖަރީމާ ރޭވީ އެ ސަރަހައްދުގައި އުޅޭ މުސްލިމް ގަބީލާގެ މީހުން ބިރުގަންނަވައި، އެތަނުން ފޮނުވާލުމަށެވެ. މި މައްސަލައިގައި ދެން ތުހުމަތު ކުރެވެނީ ރާމްގެ ދަރިއާއި، އޭނާގެ އާއިލާގެ ކުޑަކުއްޖަކާއި، ރާމްގެ ރަހުމަތްތެރިއެއްގެ އިތުރުން ހަތަރު ފުލުހުންނަށެވެ. މީގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ހެކި ނައްތާލި ކަމުގެ ތުހުމަތުވެސް ކުރެވެއެވެ.

    އޭޕީ ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، މި މައްސަލައިގައި ހިމެނޭ އަށް މީހުންވެސް ކޯޓަށް ހާޒިރުކުރުމުން ވަނީ ކުށަށް އިންކާރުކޮށްފައެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ ހުރިހާ އެންމެންނަކީވެސް ހިންދޫންނެވެ. ފެބްރުއަރީ މަހު، ހިންދޫ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ވަނީ ތުހުމަތު ކުރެވޭ މީހުންގެ ދިފާއުގައި ކަތުއާ ސިޓީގައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާގައި ސްޓޭޓް މިނިސްޓަރުންނާއި، ވެރިކަންކުރާ ބީޖޭޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

    މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ، މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ އެ ސްޓޭޓްގެ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭނެ ކަމަށާއި، އެހެންކަމުން މައްސަލަ ފެޑެރަލް ތަހުގީގީ އިދާރާއަކަށް ބަދަލުކުރުމަށެވެ. މިމަހުގެ ކުރީކޮޅު ފުލުހުން ދައުވާ އުފުލުމަށް ކޯޓަށް ދިޔުމުން، ހިންދޫ ވަކީލުންގެ ގުރޫޕަކުން ވަނީ ފުލުހުންނަށް ހުރަސްއަޅާފައެވެ. މިއީ ދީނީ ތަފާތުކުރުން މައްސަލައިގެ ތެރެއަށް ވައްދާފައިވާ މިންވަރު ހާމަވާ ކަމެކެވެ.

    ޖަރީމާގެ ތަފްސީލުތައް ހާމަވަމުން ދިޔަ ވަރަކަށް، އިދިކޮޅު ޕާޓީތަކުން ދަނީ ބީޖޭޕީން މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ތާއީދުކުރާތީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

    އިންޑިއާގެ އެންޑީޓީވީން ބުނި ގޮތުގައި، ފިލްމީ ތަރިންނާއި މަޝްހޫރު ފަރާތްތަކުން ސޯޝަލް މީޑިއާގައި މިކަމާ ހިތާމަ ފާޅުކުރަމުން ދާއިރު، މުޅި ގައުމުގައި ދަނީ މުޒާހަރާތައް ބާއްވަމުންނެވެ. އާދިއްތަ ދުވަހު ދިއްލީގައި ބޭއްވި ބޮޑު މުޒާހަރާގައި، ކުށްވެރިންނަށް ސަރުކާރުން ހިމާޔަތް ނުދިނުމަށާއި އިންސާފު ގާއިމުކުރުމަށް ގޮވާލާފައިވެއެވެ.

    މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ހަނު ހުންނެވުމަށްފަހު، ބޮޑުވަޒީރު މޯދީ ވިދާޅުވީ "އެއްވެސް ކުށްވެރިއަކު ސަލާމަތް ނުވާނެ އަދި އަހަރެމެންގެ އަންހެން ދަރިންނަށް އިންސާފު ލިބޭނެ" ކަމަށެވެ. މީގެ އިތުރުން، ކުށްވެރިންގެ ދިފާއުގައި މުޒާހަރާގައި ބައިވެރިވި ބީޖޭޕީގެ ދެ މިނިސްޓަރަކު ވަނީ ފާޑުކިޔުންތައް އަމާޒުވުމުން އިސްތިއުފާ ދެއްވާފައެވެ. މައްސަލައިގައި ވަކިފަރާތަކަށް ނުޖެހޭކަން ދެއްކުމުގެ ގޮތުން، ސަރުކާރުން ވަނީ މުސްލިމަކަށް ނުވަތަ ހިންދޫއަކަށް ނުވާ ދެ ޕްރޮސިކިއުޓަރުން މި މައްސަލައަށް އައްޔަންކޮށްފައެވެ.

    މިދަނޑިވަޅުގައި، ރިޓަޔަރޑް ސިވިލް ސާވަންޓުންގެ ގުރޫޕަކުން މޯދީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އަށް އަހަރުގެ ކުޑަކުއްޖަކަށް މިފަދަ ރަހުމުކުޑަ ގޮތަކަށް އަނިޔާވެރިވުމަކީ އިންސާނިއްޔަތުކަން ކުޑަވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ. އަދި މިއީ އިންޑިއާ މިނިވަންވީ ފަހުން ދެކޭ އެންމެ އަނދިރި ވަގުތުކަން ފާހަގަކޮށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ފަރާތުން ފެންނަ އިޖާބައަކީ އެކަށީގެންވާ ވަރަށްވުރެ މާ ދެރަ އަދި ބަލިކަށި އިޖާބައެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

    ]]>
    Wed, 17 Jun 2026 09:33:44 +0500 ހީރަސް
    ގަޔަތުރީގެ ޗުއްޓީ ދަތުރުވީ މަރުގެ ދަތުރަށް https://heerasnews.com/4291 https://heerasnews.com/4291 ޗުއްޓީ ހަދަން ދިޔަ އިންޑިއާގެ ދިއްލީއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އައިޓީ ޕްރޮފެޝަނަލެއް ކަމަށްވާ ޕީ. ރާދާ ގާޔަތުރީ، އުއްތަރަޚާންޑުގެ މުސޫރީ-ދަނޯލްޓީ މަގުގައި ހުންނަ ހޯމްސްޓޭއެއްގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ އެތަނަށް ގޮސްފައިވަނީ އޭނާގެ ފިރިމީހާ ސޯމްޔާ ސްރީޗަރަންއާ އެކު މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

    ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެމަފިރިން ޖޫން މަހުގެ 13 ވަނަ ދުވަހު ދިއްލީއިން ރިޝިކޭޝްއަށް ދަތުރުކޮށް، "ކިއާނާ ހޯމްސްޓޭ" ގެ "ބްލިސް" ނަމަކަށް ކިޔާ ކޮޓަރިއަކަށް ވަދެފައިވަނީ އެރޭގެ 11:30 ހާއިރުއެވެ.

    ފިރިމީހާ ތަހުގީގަށް ކިޔައިދިން ގޮތުގައި، ދެމީހުން އެކުގައި ރާބުއިމަށްފަހު ނިދަން އޮށޯތީ ފަތިހު 3:30 ހާއިރުއެވެ.

    ޖެހިގެން އައި ދުވަހުގެ ހެނދުނު، އޭނާގެ އަނބިމީހާ އެއްވެސް ހަރަކާތެއް ނެތި، ކުޑަކަމުދާ ތަކެތީގެ ތެރޭގައި އޮއްވާ ފެނުނުއިރު، އޭނާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ފިރިމީހާ ބުންޏެވެ. ވަގުތުން އެމްބިއުލާންސަށް ގުޅައިގެން އެހީތެރިކަމަށް އެދުނު ނަމަވެސް، އެތަނަށް ދިޔަ ސިއްހީ އެހީތެރިޔާ ވަނީ އޭނާ މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

    ފުލުހުން މިހާރު ދަނީ މި މަރުގެ ހަގީގަތް ހޯދުމަށް ތަހުގީގު ހިންގަމުންނެވެ. އަދި މަރުވި ސަބަބު ސީދާ ދެނެގަނެވޭނީ ޕޯސްޓްމޯޓަމް އަދި ފޮރެންސިކް ތަހުލީލުތަކުގެ ރިޕޯޓްތައް ލިބުމުން ކަމަށް ފުލުހުން ބުނެއެވެ.

    ]]>
    Wed, 17 Jun 2026 05:27:46 +0500 ނާއިރާ
    އޮގަނައިޒްޑް ކްރައިމް ގްރޫޕްތަކަށް ފުލުހުންގެ ބާރެއް ނުހިނގާ https://heerasnews.com/4290 https://heerasnews.com/4290 މިދިޔަ ހަފްތާގައި ދެކުނު އެފްރިކާގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަކީ އެ ގައުމުގެ ފަގީރު ސަރަހައްދުތަކުގައި އިތުރުވަމުންދާ ނުރައްކާތެރި މަރާމާރީތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. މާހިރުން ފާހަގަކުރާ ގޮތުގައި މިއީ ފުލުހުންގެ ނުކުޅެދުންތެރިކަމާއި، ބައެއް ހާލަތްތަކުގައި ފުލުހުންގެ އެއްވެސް ބާރެއް ނެތް ސަރަހައްދު ތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން، އިންތިޒާމުވެގެން ހިންގާ ކުށްވެރި ގްރޫޕުތަކުން ހިންގާ އަމަލުތަކެކެވެ.

    ޖޮހަނަސްބާގްގެ ފަގީރު އަވަށެއްގައި ގިނަ ބަޔަކު ބައިވެރިވެގެން ދިން މި ހަމަލާގައި 12 މީހުން މަރުވެ، މަދުވެގެން 15 މީހުން ޒަހަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

    އިންތިޒާމުވެގެން ހިންގާ މިފަދަ ބޮޑެތި ކުށްތައް ކޮންޓްރޯލް ކުރުމަށްޓަކައި، ދެކުނު އެފްރިކާގެ ރައީސް ވަނީ މި އަހަރުގެ ކުރީކޮޅު ނުރައްކާތެރި ބައެއް ސަރަހައްދަށް ސިފައިން ނެރުއްވާފައެވެ. މިއީ ވަރަށް މަދުން ނޫނީ ނާޅާ ފިޔަވަޅަކަށް ވާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އެފްރިކާގެ އެންމެ ކުރިއަރާފައިވާ ގައުމުގެ ފުލުހުންނަށް އެ ސަރަހައްދުތަކުގެ އަމާންކަން ގާއިމުނުކުރެވި، ކުށްވެރިންގެ ކުރިމަތީގައި ބަލިވެފައިވާކަން ހާމަވާ ކަމެކެވެ.

    މީގެ އިތުރުން، ދެކުނު އެފްރިކާގެ ފުލުހުންގެ ތެރޭގައި ކޮރަޕްޝަން އާންމުވުމާއި، ކުށްވެރި ގްރޫޕުތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިސް ބައެއް އޮފިސަރުން ހައްޔަރުކޮށްފައިވާއިރު، ފުލުހުންނާ ބެހޭ ވަޒީރާއި ނޭޝަނަލް ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް ބައެއް ބޭފުޅުން ވަނީ މަގާމުން އެކަހެރިކޮށްފައެވެ.

    ފަގީރު ސަރަހައްދުތަކުގެ ނާޖާއިޒު ފައިދާ ކުށްވެރިން ނެގުން

    މާހިރުން ވިދާޅުވާ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހު ހިނގި ދެ ހާދިސާއެއްގައި 20އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާތަކާއި، ފަހަކަށްއައިސް ހިނގަމުންދާ މިފަދަ ހަމަލާތައް އަމާޒުވަނީ ސިޓީތަކާ ދުރުގައި ހުންނަ ފަގީރު އަވަށްތަކަށެވެ. އެ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ބަލިކަށިވުމާއި، މަގުބައްތިތައް ނެތުމާއި، އަދި ފުލުހުން އައުމަށް ގިނަ ވަގުތު ނަގާތީ، އިންތިޒާމުވެގެން ހިންގާ ކުށްވެރި ގްރޫޕުތަކުން އެކަމުގެ ފައިދާ ނަގައެވެ.

    ޔުނިވަރސިޓީ އޮފް ސައުތު އެފްރިކާގެ ކްރިމިނޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޖޭކަބް މޮފޮކެންގް "ދަ އެސޯސިއޭޓެޑް ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަތިޔާރު ފޮރުވުމަށާއި، ހަމަލާތައް ދިނުމަށްފަހު ފަސޭހައިން ފިލުމަށް ކުށްވެރި ގްރޫޕުތަކުން މިފަދަ ސަރަހައްދުތަކުގެ ހާލަތުގެ ބޭނުން ހިފާ ކަމަށެވެ.

    ދެކުނު އެފްރިކާއަކީ އަނިޔާވެރި ކުށްތައް އާދަޔާ ހިލާފަށް ގިނަ ގައުމެކެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި ދުވާލަކު އެވްރެޖްކޮށް 60 އަށް ވުރެ ގިނަ މީހުން މަރާލައެވެ. ނަމަވެސް، މިފަދަ ގިނަ މަރުތައް ހިނގަނީ ފަގީރު އަވަށްތަކުގައެވެ. މިއީ އެ ގައުމުގައި އޮތް މުއްސަނދިންނާއި ފަގީރުންގެ މެދުގައިވާ ބޮޑު ތަފާތު ދައްކުވައިދޭ ކަމެކެވެ. މުއްސަނދިން ދިރިއުޅޭ ސަރަހައްދުތަކުގައި މިފަދަ ނުރައްކާތެރި ކުށްތައް ހިނގާ މިންވަރު ނިސްބަތުން ވަރަށް މަދެވެ.

    ]]>
    Wed, 17 Jun 2026 05:00:58 +0500 ހީރަސް
    ސަރުކާރުން އޮތީ މެޑިކަލް މާފިއާއަށް ބޭނުންވަރަކަށް ފުރުސަތުދީފާ https://heerasnews.com/4289 https://heerasnews.com/4289 ހަވާއީގެ މެޑިކެއިޑް ނިޒާމުގެ ތެރޭގައި ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކަށް އެ ސްޓޭޓުން ފަރުވާކުޑަކުރާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުމުން، އެ ސްޓޭޓުގެ އެޓާނީ ޖެނެރަލްއާއި އެންޓި-ފްރޯޑް ޔުނިޓުގެ ޑައިރެކްޓަރު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

    ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މެޑިކެއިޑް މަކަރާއި ހީލަތުގެ އެއްވެސް މައްސަލައެއް ސާބިތުވެފައި ނުވާކަމަށް ބުނެ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފާޑުވިދާޅުވުމާ ގުޅިގެން، އެޓާނީ ޖެނެރަލް އޭން ލޮޕޭޒް މޭ މަހުގެ މެދުތެރޭގައި ވިދާޅުވީ، އެ ޔުނިޓުން މިހާތަނަށް 14 މިލިއަން ޑޮލަރު އަނބުރާ ހޯދާފައިވާ ކަމަށެވެ.

    ވެންސް ވިދާޅުވީ، "ހަވާއީގެ މެޑިކެއިޑް ނިޒާމުގެ ތެރެއިން މަކަރު ހަދާ މީހުންނަށް، މިހާތަނަށް އެ ސްޓޭޓުގެ ސަރުކާރުން އޮތީ ބޭނުން ވަރަކަށް އެކަން ކުރުމުގެ މިނިވަން ފުރުސަތު ދީފައި" ކަމަށެވެ.

    ލޮޕޭޒް މިކަމަށް ރައްދު ދެއްވަމުން ވިދާޅުވީ، ޒިންމާދާރުކުރުވުމަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އެ ޔުނިޓުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ ކަން އޮތްގޮތް އޮޅުވާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

    ހަގީގަތުގައި އަނބުރާލިބުނު ކަމަށް އެބުނާ ފައިސާގެ ބޮޑު ބައެއް، ކަމަށްވާ 13 މިލިއަން ޑޮލަރަކީ، މީގެ ދިހަ އަހަރަށްވުރެ ކުރިން ފެށިގެން ކުރިއަށް ގޮސް 2023 ވަނަ އަހަރު ނިމުނު އެންމެ މައްސަލައަކުން ލިބުނު ފައިސާއެވެ.

    ސްޓޭޓް ސެނެޓަރު އަދި ރިޕަބްލިކަން ޕާޓީގެ މައިނޯރިޓީ ލީޑަރު ބްރެންޓަން އަވާ ސުވާލު އުފެއްދެވީ، "14 މިލިއަން ޑޮލަރުގެ ތެރެއިން 13 މިލިއަން ޑޮލަރަކީ 2010 ގެ އަހަރުތަކުގައި ފެށުނު އެންމެ މައްސަލައެއް ކަމަށްވާނަމަ، އެ ޔުނިޓުން ހަގީގަތުގައި ކުރަނީ ކޮން މަސައްކަތެއްތޯ؟" އެވެ. އަދި މިއީ ކުރަންޖެހޭ އިންސާފުވެރި ސުވާލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    މިކަމާ ގުޅޭގޮތުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސްގެ އިންސްޕެކްޓަރ ޖެނެރަލް ދެއްވި ޖަވާބަކީ، މެޑިކެއިޑް ފްރޯޑް ކޮންޓްރޯލް ޔުނިޓުގެ މަސައްކަތްތައް އެކަށީގެންވާ މިންވަރަށްވުރެ މާ ބޮޑަށް ވެސް ދަށް ކަމަށެވެ.

    ]]>
    Wed, 17 Jun 2026 04:47:47 +0500 ހީރަސް
    ސިޔާސީ ލީޑަރަކު އަނިޔާވެރި ގޮތަކަށް މަރާލައިފި https://heerasnews.com/4279 https://heerasnews.com/4279 ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަރަހައްދީ ގޮފި، އޯބީސީ ވިންގުގެ ލީޑަރެއް ކަމަށްވާ ވިނޯދު ކަޝްޔަޕް އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ. ވިނޯދު ކަޝްޔަޕް މަރާލާފައިވަނީ އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ ޑެހްރާޑޫންގެ ވިކާސްނަގަރު ސަރަހައްދުގައި ހުންނަ އަމިއްލަ ގޭގައެވެ. 

    ވިނޯދު ކަޝްޔަޕް މަރާލި ހާދިސާ

    • ހާދިސާ ހިނގި ގޮތް:

    ހާދިސާ ހިނގަން މެދުވެރިވީ، ބައިރާގީވާލާ އަވަށުގައި ފެން ފޯރުކޮށްދިނުމާއި ހޮޅި އެޅުމުގެ މަސައްކަތާ ގުޅޭގޮތުން މިއަދު ހެނދުނު ހިނގި ބޮޑު ހަމަނުޖެހުމަކާ ގުޅިގެންނެވެ.

    • ހަމަލާދިނުން:

    ހަމަނުޖެހުން ހިނގި ވަގުތު، އިދިކޮޅު ހަތިޔާރު އެޅި ބަޔަކު ކަޝްޔަޕްގެ ގެއަށް ވަދެގަނެ، އޭނާއަށާއި އޭނާގެ އާއިލާގެ މެންބަރުންނަށް ބަރު އެއްޗެއްސާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

    • ލިބުނު ގެއްލުންތައް:

    ހަމަލާގައި ކަޝްޔަޕްގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. މީގެ އިތުރުން، އޭނާގެ އާއިލާގެ ތިން މީހަކަށް (ދެ ކޮއްކޮއާއި ފަހަރިއަކަށް) ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެ މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

    ފަހުގެ ހާލަތާއި ފުލުހުންގެ ފިޔަވަޅު

    • ބަދަލުހިފުން:

    ކަޝްޔަޕް މަރުވި ހަބަރާއެކު، އެ ސަރަހައްދުގެ ރުޅިއައިސްފާ ތިބި ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ހަމަނުޖެހުން ހިންގައި، މަރުގެ މައްސަލައިގައި އިސްކޮށް ތުހުމަތުކުރެވޭ މީހާގެ ގެއަށް ގާ އުކައި، އެގޭގައި ވަނީ އަލިފާން ރޯކޮށްފައެވެ.

    • ފުލުހުންގެ ހަރަކާތްތައް:

    ހާދިސާއާ ގުޅިގެން މަސްލަހަތު ގާއިމުކުރުމަށްޓަކައި ފުލުހުންގެ ބޮޑު ފައުޖެއް މިހާރު ވަނީ އެ އަވަށުގައި ހަރަކާތްތެރިވާން ފަށާފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ މި މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ނަން ހާމަކޮށްފައިވާ ތިން މީހެއްގެ އިތުރުން، ހަމަނުޖެހުމުގައި ބައިވެރިވި ކާކުކަން ނޭނގޭ 25 މީހެއްގެ މައްޗަށް މަރުގެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.                  

    ]]>
    Sun, 14 Jun 2026 15:29:13 +0500 ނިއުސް ޑެސްކް
    ކަނޑުމަތީގެ ހަމަލާތަކެއްގައި އިންޑިއާގެ ތިން މީހަކު މަރުވެއްޖެ https://heerasnews.com/4271 https://heerasnews.com/4271 އޮމާންގެ އައްސޭރިފަށުން ދަތުރުކުރި، ޕަލާއޫގެ ދިދަ ޖަހާފައިވާ 'އެމްޓީ ސެޓެބެލޯ' ނަމަކަށް ކިޔާ ޓޭންކަރަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި، އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެފައިވާކަން އިންޑިއާ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ ޑެކް ކެޑޭޓް އަދިތްޔާ ޝަރުމާ އާއި، އިންޖިން ފިޓަރު ޝިވަނަންދު ޗައުރާސިޔާގެ އިތުރުން ޗީފް އިންޖިނިއަރު ޕަޓްނާލާ ސުރޭޝް އެވެ.

    މީގެ އިތުރުން، އޮމާންގެ ޝިނާސް ބަނދަރު ކައިރީގައި ހިނގި އެހެން ހާދިސާއެއްގައި، ގިނީ-ބިސާއޫގެ ދިދަ ޖަހާފައިވާ 'އެމްޓީ ޖަލްވީރު' ނަމަކަށް ކިޔާ އުޅަނދަކަށް ވެސް ވަނީ އަސަރުކޮށްފައެވެ. ނަމަވެސް އެ އުޅަނދުގައި ތިބި އިންޑިއާގެ 20 ފަޅުވެރިން ސަލާމަތުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

    މިއީ މި ހަފުތާގެ ތެރޭގައި އެމެރިކާއާ ގުޅުންހުރި ކަނޑުމަތީގެ މިފަދަ ތިންވަނަ ހާދިސާއެވެ. މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ނިއުދިއްލީގައި ހުންނަ އެމެރިކާގެ އިސް ޑިޕްލޮމެޓަކު ހާޒިރުކޮށް، މި ހަމަލާތަކާ މެދު ނުރުހުން ފާޅުކޮށް ވަރުގަދަ އިހުތިޖާޖެއް ހުށަހަޅާފައެވެ. މި ހާދިސާތައް ހިނގާފައި މިވަނީ، ކުރިއަށް އޮތް ޖީ7  ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

    ]]>
    Fri, 12 Jun 2026 14:11:17 +0500 ނާއިރާ
    ނުރައްކާތެރި ގޭންގެއްގެ 26 މެންބަރުންގެ މައްޗަށް ދައުވާއުފުލައިފި https://heerasnews.com/4270 https://heerasnews.com/4270 އެމެރިކާގެ ރެންސް ޢައި ހޭވަހިލް އަދި ބޮސްޓަންގައި ހަރަކާތްތެރިވާ 'ޓްރިނިޓޭރިއޯސް' ގޭންގުގެ މެންބަރުންތަކެއްގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލައިފިއެވެ. މީގެ ތެރޭގައި ރަހުމުކުޑަ މީހުން މެރުމުގެ ހާދިސާތަކާއި، އަނިޔާވެރި ކުށްތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، ހަތިޔާރުގެ ކުށްތަކުގެ އިތުރުން އިތުރު ގިނަ ތުހުމަތުތަކެއް ހިމެނެއެވެ.

    މެސެޗޫސެޓްސްގެ ޔޫ.އެސް އެޓަރނީ ލީ ފޯލީ ވިދާޅުވި ގޮތުގައި، އިއްޔެ ހެނދުނު ވަނީ 'ޓްރިނިޓޭރިއޯސް' ގޭންގުގެ 26 މެންބަރެއްގެ މައްޗަށް ފެޑަރަލް 'ރީކޯ' ކޮންސްޕިރަސީގެ ދައުވާތައް ކޮށްފައެވެ. ޑޮމިނިކަން ރިޕަބްލިކަށް ނިސްބަތްވާ އަދި މެސެޗޫސެޓްސްގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ކުށްވެރި ރޭވުންތައް ހިންގާ  މި މީހުންގެ މައްޗަށް 5 މީހަކު މެރުމާއި 19 މީހަކު މަރާލަން އުޅުމުގެ ތުހުމަތު ކުރެވެއެވެ.

    ފޯލީ ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި މި ގޭންގުން ވަނީ މަދުވެގެން 15 މީހަކު މެރުމާއި، 30 މީހަކު މަރާލަން އުޅުމާއި، ހަތިޔާރާއެކު ފޭރުމާއި، މީހުންނަށް ހަމަލާދިނުމާއި، މީހުން ރަހީނުކުރުމާއި، ގަވާއިދާ ހިލާފަށް ހަތިޔާރުގެ ވިޔަފާރިކުރުމުގެ އިތުރުން ހެކިންނަށް ބިރުދެއްކުމާއި، ބަދަލުހިފުމުގެ އަމަލުތަކާއި ފޭރުމުގެ އަމަލުތަކުގައި ބައިވެރިވެފައެވެ.

    އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ކުރެވުނު ފެޑަރަލް ދައުވާތަކާއި 465 ސަފުހާގެ އެފިޑެވިޓެއްގައި މި 26 މެންބަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ވަނީ ތަފްސީލުކޮށްފައެވެ. މީގެ ތެރޭގައި ލޯރެންސް ގޮފީގެ ލީޑަރު ޔޯޑާލީ ޔޯރޯ އާއި އެ ގޭންގުގެ އިސް އެހެން މެންބަރުން ވެސް ހިމެނެއެވެ.

    މި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި 5 މީހަކު މެރުމާއި، 19 މީހަކު މަރާލަން އުޅުމާއި، މެސެޗޫސެޓްސް އަދި މެއިންގައި ހަތިޔާރާއެކު ގެތަކަށް ވަދެގަނެ ހިންގާފައިވާ ޖަރީމާތަކާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން "ނާމާން އަދި އަނިޔާވެރި އެތައް އަމަލުތަކެއް" ހިމެނޭ ކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބުނެފައިވެއެވެ.

    ]]>
    Thu, 11 Jun 2026 15:49:56 +0500 ހީރަސް
    އިންފްލޭޝަން 4.2 އަށް މޭމަހު އުފުލި މުދަލުގެ އަގުބޮޑުވުން https://heerasnews.com/4268 https://heerasnews.com/4268 2026 ވަނަ އަހަރުގެ މެއި މަހު އެމެރިކާގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) ނުވަތަ ތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރު 4.2 އިންސައްތައަށް އަރައިފިއެވެ. މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ތަކެތީގެ އަގުތައް މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. މިއަހަރު ފެށުނުއިރު މި އަދަދު ހުރީ 2.4 އިންސައްތައިގައެވެ. އަދި އޭޕްރީލް މަހު ހުރީ 3.8 އިންސައްތައިގައެވެ.

    އަގުތައް އުފުލެން މެދުވެރިވި މައިގަނޑު ސަބަބު

    ތަކެތީގެ އަގުތައް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައި ލޮޅުމެވެ. މި ހަނގުރާމައިގެ ސަބަބުން "ސްޓްރެއިޓް އޮފް ހޯރްމޫޒް" މެދުވެރިކޮށް މުދާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މިއީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރާ ސަރަހައްދެކެވެ.

    ހަކަތައިގެ އަގުތައް އުފުލުން:

    މެއި މަހު ތަކެތީގެ އަގުތަކަށް އައި ބަދަލުގެ 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ ހަކަތައިގެ ބާވަތްތަކެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ހަކަތައިގެ ޖުމްލަ އަގުތައް ވަނީ 23.5 އިންސައްތަ އުފުލިފައެވެ.

    ތެލުގެ އަގަށް އައި ބަދަލު:

    ޕެޓްރޯލްގެ އަގު 40.5 އިންސައްތަ އުފުލިފައިވާއިރު، ހަމައެކަނި މެއި މަހުގެ ތެރޭގައި ވެސް 7 އިންސައްތަ އިތުރުވިއެވެ. މިއާއެކު ޕެޓްރޯލް ގެލަނެއްގެ އެވްރެޖް އަގު ވަނީ 4.48 ޑޮލަރަށް އަރާފައެވެ.

    ފިއުލް އޮއިލް:

    އަޑީތެޔޮ (ހޫނުކުރުމަށް ބޭނުންކުރާ ތެޔޮ) ގެ އަގު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 58.9 އިންސައްތައިގެ ބޮޑު އިތުރުވުމެއް ފެނިފައެވެ.

    އެކި ދާއިރާތަކުން އަގުތަކަށް އައި ބަދަލު

    ހަކަތައިގެ އަގު އުފުލުމުގެ ނޭދެވޭ އަސަރު ދަތުރުފަތުރާއި ބައެއް ކާބޯތަކެތީގެ އަގުތަކަށް ވަނީ ފޯރާފައެވެ. އެމެރިކާގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސް (ބީ.އެލް.އެސް) ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 2026 މެއި މަހުގެ ނިޔަލަށް އަހަރީ ގޮތުން އަގުތަކަށް އައިސްފައިވާ ބަދަލުތަކަކީ:

    އަގަށް އައި ބަދަލު (މެއި 2026)

    • ވައިގެ ދަތުރުފަތުރު | +26.7% | ސަބަބު: މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އިންތިހާއަށް ބޮޑުވުން.
    • މޭވާއާއި ތަރުކާރީ | +6.1% | ޚާއްޞަކޮށް ޓޮމާޓޯ (+32%) އަދި ލެޓިއުސް (+25%) ގެ އަގު ބޮޑުވުން.
    • ކަރަންޓު | +5.9% | ސަބަބު: ކަރަންޓު އުފެއްދުމަށާއި ހިދުމަތް ދިނުމަށް ހިނގާ ހަރަދު ބޮޑުވުން.
    • އަންނައުނު | +4.8% | ސަބަބު: އުފެއްދުމުގެ ހަރަދާއި ސަޕްލައި ޗެއިންގެ ދަތުރުފަތުރުގެ ހަރަދު އިތުރުވުން.
    • ކުއްޔާއި ބޯހިޔާވަހިކަން | +3.4% | ސަބަބު: މޯގޭޖް ރޭޓްތައް މަތީގައި ހުރި ނަމަވެސް ބޯހިޔާވަހިކަމުގެ ޑިމާންޑް އެއްވަރެއްގައި ހިފެހެއްޓިފައިވުން.

    އަސާސީ އިންފްލޭޝަންގެ މިސްރާބު ދެނެގަތުން: ބީ.އެލް.އެސް ރިޕޯޓުން ފާހަގަވި އެންމެ އުންމީދީ ކަމަކީ، އަގުތަކަށް އަވަސް ބަދަލު އަންނަ ކާބޯތަކެއްޗާއި ހަކަތައިގެ ބައިތައް ނުހިމަނައި ބަލާ "ކޯ ސީ.ޕީ.އައި" ނުވަތަ އަސާސީ މުދަލުގެ އަގުތަކަށް މާބޮޑު ބަދަލެއް ނައުމެވެ.

    އަގުތައް އެއްވަރެއްގައި ހިފެހެއްޓުން: ވޭތުވެދިޔަ ތިން މަހުވެސް އަސާސީ މުދަލުގެ އަގުތައް ހުރީ 2.9 އިންސައްތައިގައި ހިފެހެއްޓިފައެވެ.

    މަހުން މަހަށް އައި ބަދަލު: މަހުން މަހަށް ބަލާއިރު މި އަގުތައް އުފުލިފައިވަނީ އެންމެ 0.2 އިންސައްތައެވެ.

    އިގްތިސޯދީ މާނަ: މިއިން ދޭހަވަނީ، ހިދުމަތްތަކާއި، އުޅަނދުފަހަރު ނުވަތަ މުސާރަ ފަދަ ފުޅާ ދާއިރާތަކަށް އިންފްލޭޝަންގެ ނުފޫޒު އަދި އެހާ ބޮޑަށް ފޯރާފައި ނުވާކަމެވެ.

    މަރުކަޒީ ބޭންކުގެ (ފެޑެރަލް ރިޒާވް) ނިންމުންތަކަށް ބަދަލުތަކެއް އަންނާނެއެވެ. އާންމު މުދަލުގެ އަގުތައް މަތިވުމާއި، މެއި މަހުގެ ވަޒީފާގެ ބާޒާރު ވަރުގަދަކޮށް ފެނުމުގެ ސަބަބުން (172,000 އާ ވަޒީފާ އިތުރުވުން)، މަރުކަޒީ ބޭންކަށް ވަނީ ފިޔަވަޅު އެޅުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޖޫން 16-17 ގައި ބާއްވާ ބައްދަލުވުމުގައި ނިންމާ ނިންމުން އިންޓްރެސްޓް ރޭޓަށް ބަދަލެއް ނުގެނެސް ހިފަހައްޓާނެކަން ކަށަވަރެވެ.

    ރޭޓް ދަށްކުރުން އޮތީ މަޑުޖެހިފައެވެ. ގޯލްޑްމަން ސެކްސް ފަދަ ބޮޑެތި މާލީ އިދާރާތަކުން މިހާރު ލަފާކުރާގޮތުގައި ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި އިންޓްރެސްޓް ރޭޓް ދަށްކުރުމުގެ ފުރުސަތެއް ނެތެވެ.

    ކުރިމަގުގައި ރޭޓް މަތިކުރުމަށް މާލީ ބާޒާރުތަކުން މިހާރު ލަފާކުރަނީ 2026 ގެ ފަހުކޮޅު ނުވަތަ 2027 ގެ ކުރީކޮޅު، އިޤްތިޞާދު މާބޮޑަށް ހޫނުވިޔަނުދީ ހިފެހެއްޓުމަށްޓަކައި އިންޓްރެސްޓް ރޭޓް އަނެއްކާވެސް މަތިކުރާނެ ކަމަށެވެ.

    މާލީ ހާލަތަށް ކުރާނެ އަސަރުތައް އިތުރަށް ދެނެގަތުމަށް ގެދޮރު ގަތުމަށް ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓަށާއި ރިއަލް އެސްޓޭޓް މާކެޓަށް ކުރާނެ އަސަރުތައް ދެނެގަންނަން ޖެހެއެވެ. ރަނާއި ހިއްސާގެ ބާޒާރު ފަދަ އިންވެސްޓްމަންޓްތަކަށް މީގެ ސަބަބުން އަންނަ ބަދަލުތައް ބަލަންޖެހެއެވެ. ތެލުގެ އަގާއި ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ބަޖެޓް ރޭވުމަށް އެހާ ބޭނުންތެރިއެވެ.       

    ]]>
    Thu, 11 Jun 2026 05:15:28 +0500 ހީރަސް
    ހެލިކޮޕްޓަރެއް ވައްޓާލިކަމަށް ބުނެ އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާދީފި https://heerasnews.com/4264 https://heerasnews.com/4264 ހޯރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލި ކަމަށް ބުނެ، ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ތުހުމަތު ކުރެއްވުމާ ގުޅިގެން، އެމެރިކާ އިން އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާދީފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، ހެލިކޮޕްޓަރު ވައްޓާލުމާ ގުޅިގެން ދިން މި ރައްދު ހަމަލާތައް ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.

    ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އަސްކަރީ ހަރަކާތަކީ އީރާނުން އިންސާފެއް ނެތި ހިންގި އުދުވާނަށް ދިން އެކަށީގެންވާ ރައްދެއް ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން ޕާޝިއަން ގަލްފާއި ހޯރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

    ވައްޓާލި އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރުގައި ތިބި ދެ ފަޅުވެރިން ސަލާމަތްކޮށްފައިވަނީ އެމެރިކާގެ ކަނޑުއަޑީގައި ދުއްވާ އުޅަނދެއް (ސީ ޑްރޯން) ބޭނުންކޮށްގެން ކަމަށް ސެންޓްކޮމް އިން މައުލޫމާތު ދެއެވެ. މިއީ މިފަދަ އޮޕަރޭޝަނެއްގައި މި ބާވަތުގެ އުޅަނދެއް ބޭނުންކުރިކަން އެމެރިކާގެ އަސްކަރިއްޔާއިން ރަސްމީކޮށް ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

    "މީގައި ހިމެނޭ ދެ ޕައިލެޓުންވެސް ތިބީ ސަލާމަތުން، އެއްވެސް އަނިޔާއެއް ނުލިބޭ،" ޓްރަމްޕްގެ 'ޓްރޫތް ސޯޝަލް' ޕްލެޓްފޯމްގައި ލިޔުއްވާފައިވެއެވެ. "އެހެންނަމަވެސް، މި ހަމަލާއަށް އެމެރިކާ އިން ރައްދު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ."

    އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އީރާނުން ހެލިކޮޕްޓަރަށް ހަމަލާދިނީ ޑްރޯނެއް ބޭނުންކޮށްގެންނެވެ. ނަމަވެސް، އީރާނުގެ ޑްރޯން އިން ހެލިކޮޕްޓަރަށް ހަމަލާދިނީ ގަސްތުގައި ކަމެއް ނުވަތަ ނޫންކަމެއް އަދި މުޅިން ސާފުނުވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

    އީރާނުގެ މީޑިއާތަކުން މި ހާދިސާ ހިނގިކަން ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ ގައުމުގެ މެހްރު ނިއުސް އެޖެންސީން ބުނެފައިވަނީ ހެލިކޮޕްޓަރު ވައްޓާލި ކަމުގެ ޒިންމާ އީރާނުން އުފުލާފައިނުވާ ކަމަށެވެ.

    ހެލިކޮޕްޓަރު ވައްޓާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެމެރިކާ އިން އީރާނަށް ހަމަލާދީފައިވާކަން ސެންޓްކޮމް އިން ވަނީ އިއުލާނުކޮށްފައެވެ. މިއީ އީރާނުގެ އުދުވާނާ އެކަށޭނަ މިންވަރަކަށް ދިން ރައްދު ހަމަލާއެއް ކަމަށް އެ އިދާރާއިން ސިފަކުރެއެވެ.

    ]]>
    Wed, 10 Jun 2026 06:21:24 +0500 ހީރަސް
    ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ވައިގެ ހަމަލާތަކެއް https://heerasnews.com/4256 https://heerasnews.com/4256 ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ބައިރޫތުގެ އަވަށްތަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

    މިމަހުގެ ކުރީކޮޅު އިސްރާއީލާއި ލެބަނަންއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރި ފަހުން، ފުރަތަމަ ފަހަރަށް އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން އާދީއްތަ ދުވަހު ލެބަނަންގެ ވެރިރަށް ބައިރޫތުގެ ދެކުނުގެ އަވަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

    އިސްރާއީލުން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޒްބުއްލާގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ ދާހިޔާ އަށެވެ. މި ހަމަލާތަކާއެކު އެ ސަރަހައްދުން ބޯ ދުންތައް އަރަމުންދިޔަ މަންޒަރު ފެނިފައިވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، މި ހަމަލާތަކަކީ ހިޒްބުއްލާގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ.

    އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވި ގޮތުގައި، މި އަސްކަރީ އޮޕަރޭޝަނަކީ އެދުވަހުގެ ކުރީކޮޅު ލެބަނަންގެ ފަރާތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ފޮނުވާލި ރޮކެޓް ހަމަލާތަކަށް ދިން ރައްދެކެވެ.

    މި ވައިގެ ހަމަލާތައް ދީފައިވަނީ އެމެރިކާ މެދުވެރިވެގެން ކުރެވުނު މަޝްވަރާތަކަށްފަހު، ޖޫން މަހުގެ 3 ވަނަ ދުވަހު އިސްރާއީލާއި ލެބަނަންއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައި އޮއްވައެވެ.

    މީގެ އިތުރުން، އާދީއްތަ ދުވަހުގެ ކުރީކޮޅު އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ ދާހިޔާ ސަރަހައްދަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ގޮވާލާފައެވެ.

    މާރިޗު މަހުން ފެށިގެން ދެގައުމުގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ލެބަނަންގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 3،550 އަށްވުރެ ގިނަ މީހުން މަރުވެ، 10،800 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

    ]]>
    Mon, 08 Jun 2026 08:15:36 +0500 ނާއިރާ
    އަގްސާ މިސްކިތަށް އިޒްރޭލު މީހުން ވަދެގަތުން ކުށްވެރިކޮށްފި https://heerasnews.com/4240 https://heerasnews.com/4240 އަލްއަގުސާ މިސްކިތަށް އިސްރާއީލުގެ ވަޒަންވެރިން ވަދެގަތް މައްސަލަ އިސްލާމީ އަށް ގައުމަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

    އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ހުރުމަތް ކަނޑައި، އިސްރާއީލުގެ ވަޒަންވެރިން އެތަނަށް ވަދެގަންނަމުންދާ ދިއުން ސައުދީ އަރަބިއްޔާއާއި އިތުރު ހަތް އިސްލާމީ ގައުމަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ސައުދީ އަރަބިއްޔާ، އުރުދުން، ޔޫއޭއީ ،ގަޠަރު، އިންޑޮނޭޝިއާ، ޕާކިސްތާން، މިޞްރު އަދި ތުރުކީގެ ހާރިޖީ ވަޒީރުން ގުޅިގެން ނެރުއްވި ބަޔާނެއްގައި، މި އަމަލުތަކަކީ ފުރައްސާރައެއްގެ ގޮތުގައި ސިފަކުރައްވައި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އެތަނުގެ ތާރީހީ ހައިބަތާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

    ޚާރިޖީ ވަޒީރުން ވަނީ، އިރުމަތީ ގުދުސްގެ ތާރީހީ، ގާނޫނީ އަދި އާބާދީގެ ސިފަ ބަދަލުކުރުމަށާއި، އިސްލާމީ އަދި މަސީހީ ދީނުގެ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އަލްއަގުސާ މިސްކިތަކީ ހަމައެކަނި މުސްލިމުން އަޅުކަންކުރުމަށް ހާއްސަ ތަނެއްކަން ބަޔާންކުރައްވައި، އެތަން ބެލެހެއްޓުމުގައި އުރުދުންގެ އިސްލާމީ އިދާރާތަކުން އަދާކުރާ ދައުރުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

    މި ގައުމުތަކުން ވަނީ އިސްރާއީލުގެ ގައިރު ގާނޫނީ އަދި ފުރައްސާރައިގެ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިފަދަ އަމަލުތައް ތަކުރާރުވަމުންދާނަމަ، ސަރަޙައްދީ ހަމަނުޖެހުން އިތުރުވެ، ނުތަނަވަސްކަން ބޮޑުވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތަކަށް ތާއީދުކުރާކަން އައުކުރައްވައި، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރުމަށް އެ ގައުމުތަކުން ތާއީދުކުރާކަން ހާމަކުރެއްވިއެވެ.

    ]]>
    Wed, 03 Jun 2026 04:00:26 +0500 ނާއިރާ
    ހިިމަބިހި ޖެހިގެން 500 އަށްވުރެ ގިނަ ކުދިން މަރުވެއްޖެ https://heerasnews.com/4218 https://heerasnews.com/4218 ބަންގްލަދޭޝްގައި މި ދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށެވެ. ހާއްސަކޮށް ވެކްސިން ފުރިހަމަނުކުރާ ކުދިން ބައްޔަށް ހުށަހެޅި، މަރުވުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.

    މި އަހަރުގެ މިހާތަނަށް ބަންގްލަދޭޝްގައި ހިމަބިހި ޖެހިގެން 86 ކުޑަކުދިން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ސިއްހީ އޮފިޝަލުން ހޮނިހިރު ދުވަހު ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން، ހިމަބިހީގެ އަލާމާތްތައް ހުރި 426 ކުއްޖަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގައި މި ބަލި މިހާ ނުރައްކާތެރި މިންވަރަކަށް ފެތުރުނު ފުރަތަމަ ފަހަރެވެ.

    ފާއިތުވި މަސްތަކުގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދިއުމުގެ ސަބަބުން ހޮސްޕިޓަލްތައް ފުރި، ސިއްހީ ނިޒާމަށް ވަނީ ބާރު ބޮޑުވެފައެވެ. ޚާއްޞަކޮށް ރަށްފުށުގެ ސަރަހައްދުތަކާއި، މީހުން ތޮއްޖެހިފައިވާ މާލީ ތަނަވަސްކަން ކުޑަ ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ދިނުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

    ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާޗް 15 އިން މެއި 23 ގެ ނިޔަލަށް މުޅި ގައުމުން ހިމަބިހި ކަމަށް ޝައްކުކުރެވޭ 62,507 ކޭސް ފެނިފައިވެއެވެ. އޭގެ ތެރެއިން 8,494 މީހަކަށް ބަލި ޖެހިފައިވާކަން ލެބޯޓްރީ ތަހުލީލުތަކުން ވަނީ ކަށަވަރުވެފައެވެ.

    ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން މިދިޔަ މަހު އިންޒާރު ދީފައިވާ ގޮތުގައި، ގަވާއިދުން ދެވޭ ވެކްސިން ދިނުމުގެ ނިސްބަތް ދަށްވުމަކީ ބަލި ބޮޑަށް ފެތުރުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ. މި ހާލަތާ ގުޅިގެން، ބަންގްލަދޭޝް ސަރުކާރުން މިހާރު ވަނީ ކުޑަކުދިންނަށް ހިމަބިހި އަދި ރުބެއްލާ ވެކްސިން ދިނުމުގެ ކެމްޕޭން ކުއްލި ފިޔަވަޅެއްގެ ގޮތުން މުޅި ގައުމުގައި ފުޅާކޮށްފައެވެ.

    ]]>
    Sun, 24 May 2026 11:04:26 +0500 ނާއިރާ
    ކޯލް މައިނެއްގައި ގޮވުމެއް ހިނގާ 82 މީހުން މަރުވެއްޖެ https://heerasnews.com/4217 https://heerasnews.com/4217 ޗައިނާގެ ކޯލް މައިންއެއްގައި ހިނގި ގޮވުމެއްގައި 82 ވަރަކަށް މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

    މި ހާދިސާއާ ގުޅިގެން ސަލާމަތްކުރާ އެތައް ސަތޭކަ މީހުންނެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ޗައިނާގެ އުތުރުގެ ޝަންޒީ ޕްރޮވިންސްގައި ހުންނަ 'ޓޮންގްޒޯ ގްރޫޕް' އިން ހިންގާ 'ލިއުޝެންޔޫ ކޯލް މައިން' ގައި މި ގޭސް ގޮވުން ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑެވެ. ހާދިސާ ހިނގިއިރު އެތަނުގައި 247 މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

    ދައުލަތުގެ މީޑިއާތަކުން ދައްކާފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެމްބިއުލަންސްތައް ހަރަކާތްތެރިވަމުން ދާއިރު، ސިއްހީ އެހީތެރިން ދަނީ އަނިޔާވި މީހުން ސްޓްރެޗަރުތަކުގައި އުފުލަމުންނެވެ. މިހާރުވެސް އެ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރިއަށެވެ.

    މި ހާދިސާއާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައާއި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެއްވެސް މަޑުޖެހުމެއް ނެތް ގޮތަށް ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށް، މީގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް ރައީސް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

    މިހާދިސާއާ ގުޅިގެން އެ ކޯލް މައިން ހިންގުމުގައި އިސްކޮށް ތިބި އޮފިޝަލުން މިހާރު ވަނީ ބަންދުކޮށްފައެވެ. މި ގޮވުން ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، މައިންގެ ތެރޭގައި ވަރަށް ވިހަ ގޭހެއް ކަމަށްވާ ކާބަން މޮނޮކްސައިޑް ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

    2000 ގެ ކުރީކޮޅު ޗައިނާގެ ކޯލް މައިންތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އާންމު ކަމެއް ނަމަވެސް، ފާއިތުވި އަހަރުތަކުގައި އެގައުމުގެ ސަލާމަތީ މިންގަނޑުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

    ]]>
    Sun, 24 May 2026 06:58:51 +0500 ނާއިރާ
    ހޮރުމޫޒްގައި ސަބްމެރިން ކޭބަލް އަޅާ ބޭނުންކުރަން އީރާނުގެ ހުއްދަ ހޯދަންޖެހެނީ https://heerasnews.com/4201 https://heerasnews.com/4201 ހޯރްމުޒް ކަނޑުއޮޅިތެރެއިން އަޅާ އިންޓަނެޓް ކޭބަލްތަކަށް ހުއްދަ ހޯދަންޖެހޭ ގޮތް ހަދާނެ ކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ދީފިއެވެ.

    އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހޯމަ ދުވަހު ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނަށް އޮންނަ ބާރުގަދަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އެ ސަރަހައްދުން އަޅާފައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކަކީ އީރާނުގެ ހުއްދަ ހޯދައިގެން ބޭނުންކުރާ އެއްޗެއް ކަމުގައި ހަމަޖެއްސިދާނެ ކަމަށެވެ.

    އައި.އާރު.ޖީ.ސީ އިން މީސްމީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅީގެ ސަރަހައްދީ ރަށްވެހިކަމާއި، ކަނޑުގެ އަޑީގެ މިލްކުވެރިކަން އީރާނަށް އޮތްކަން ފާހަގަކޮށް، އެ ކަނޑުއޮޅިން ހުރަސްކުރާ ހުރިހާ ފައިބަރ އޮޕްޓިކް ކޭބަލްތަކަކީ އީރާނު ސަރުކާރުގެ ހުއްދަ ލިބިގެން މެނުވީ ބޭނުންނުކުރެވޭނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

    ]]>
    Tue, 19 May 2026 04:30:27 +0500 ނާއިރާ
    އިޒްރޭލުން ހަމާސްގެ ކޮމާންޑަރު އިއްޒުއްދީން ޝަހީދުކޮށްލައިފި https://heerasnews.com/4197 https://heerasnews.com/4197 ގާޒާ ސިޓީ: ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގަބޫލުގެ ކޮމާންޑަރެއް ކަމަށްވާ އިއްޒުއްދީން އަލްހައްދާދު، ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ގާޒާ ސިޓީއަށް ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ މަސްދަރުތަކުން ބުނެފިއެވެ.

    މި ހަމަލާގައި އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅުވެސް ވަނީ ޝަހީދުވެފައެވެ. އަދި މި އާއިލާގެ މައްޗަށް ކުރެވޭ ކަށުނަމާދު ގާޒާ ސިޓީގައި ބާއްވާފައިވާ ކަމަށް މަސްދަރުތަކުން މައުލޫމާތުދެއެވެ.

    އަލްހައްދާދުގެ އާއިލާގެ ފަރާތުން އޭނާގެ އަންހެން ކޮއްކޮ ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ޝަހީދުވިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އިޒްރޭލު ސިފައިން ވެސް ވަނީ ގާޒާ ސިޓީއަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އިއްޒުއްދީން އަލްހައްދާދު މަރާލާފައިވާ ކަމަށް ބުނެފައެވެ.

    ކޮމާންޑަރ އިއްޒުއްދީން އަލްހައްދާދު، ޝަހީދުކޮށްލި ހަމަލާ ދީފައިވަނީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގާޒާގައި އަމަލުކުރަން ފެށި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުގެ ސިފައިން ތަކުރާރުކޮށް ހިލާފުވަމުންދާ ދަނޑިވަޅެއްގައެވެ.

    ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ގާއިމުކުރީ އިޒްރޭލުން ގާޒާއާ ދެކޮޅަށް ދެ އަހަރު ވަންދެން ކުރި ބާރުގަދަ ހަނގުރާމައަށް ފަހުގައެވެ. ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ހަނގުރާމައިގައި 72,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 172,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

    ]]>
    Mon, 18 May 2026 03:51:53 +0500 ނާއިރާ
    މިޔަރެއްގެ ހަމަލާގައި މީހަކު މަރުވެއްޖެ https://heerasnews.com/4196 https://heerasnews.com/4196 އޮސްޓްރޭލިއާގެ ހުޅަނގު އައްސޭރި ކައިރިން ހޮނިހިރު ދުވަހު މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް މީހަކު މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މިއީ މިއަހަރުގެ މިހާތަނަށް އޮސްޓްރޭލިއާގައި މިޔަރު ހަމަލާދީގެން މީހަކު މަރުވި ދެވަނަ ހާދިސާއެވެ.

    ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 38 އަހަރުގެ މި މީހާއަށް މިޔަރު ހަމަލާދީފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އޮސްޓްރޭލިއާގެ ވެރިރަށް ޕާތުގެ ހުޅަނގުން ގާތްގަނޑަކަށް 31 ކިލޯމީޓަރު (19.2 މޭލު) ދުރުގައި އޮންނަ ރޮޓްނެސްޓް އައިލެންޑް ކައިރީގައިވާ ހޯސްޝޫ ރީފް ސަރަހައްދުގައެވެ. 

    މިޔަރު ހަމަލާދިނުމާ ގުޅިގެން އެމީހާ އެއްގަމަށް ގެނެވުނު ނަމަވެސް، އޭނާ ސަލާމަތްކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މި ހާދިސާއާ ގުޅިގެން ކޯޓަށް ހުށަހަޅަންޖެހޭ ތަހުގީގީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

    ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ރޮޓްނެސްޓް އައިލެންޑްގެ މޫދަށް އެރޭ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އިރުޝާދު ދީފައެވެ.

    އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އޭބީސީ) އިން އާންމުކޮށްފައިވާ ވީޑިއޯ މަންޒަރުތަކުން ފެންނަ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންގެ އުޅަނދަކާއި، ފުލުހުންގެ އޮފިސަރުންގެ އިތުރުން މީހުން ސަލާމަތްކުރުމަށް ބޭނުންކުރާ ހެލިކޮޕްޓަރެއް ހަރަކާތްތެރިވަމުން ދިޔައެވެ.

    ހާދިސާ ހިނގާފައި މިވަނީ، އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރީގައި މިޔަރު ހަމަލާދިނުމުގެ ސިލްސިލާ ހާދިސާތަކެއް ހިނގަމުންދަނިކޮށް، މިދިޔަ ޖެނުއަރީ މަހު ސިޑްނީ ހާބަރ ސަރަހައްދުގައި މިޔަރެއް ހަމަލާދީ ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހުގައެވެ.

    އޮސްޓްރޭލިއާގެ އިންސްޓިޓިއުޓް އޮފް ހެލްތު އެންޑް ވެލްފެއަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިޔަރުގެ ގިނަ ހަމަލާތައް ހިނގަނީ އެގައުމުގެ އިރުމަތީ އަދި ދެކުނު އިރުމަތީ އައްސޭރި ސަރަހައްދުތަކުގައެވެ. އަދި އެ ގައުމުގައި އަހަރަކު އެވްރެޖްކޮށް މިފަދަ 20 ހާދިސާ ހިނގާކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

    ]]>
    Mon, 18 May 2026 03:36:51 +0500 ނާއިރާ
    ޑައިވަރުންގެ މަރު: ދުނިޔޭގެ ފަލަ ސުރުހީއަށް https://heerasnews.com/4192 https://heerasnews.com/4192 ބީބީސީ: ވ. އަތޮޅުގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާއެއްގައި އިޓަލީގެ ފަސް މީހަކު މަރުވެފައިވާކަމަށް އިޓަލީގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

    ރޯމްގައި ހުންނަ އިޓަލީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ޑައިވަރުން މަރުވީ ކަނޑުގެ 50 މީޓަރު (164 ފޫޓު) އަޑީގައި ހުރި ހޮހަޅުތަކެއް ބަލަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގާފައިވަނީ ވ. އަތޮޅުގައެވެ.

    މަރުވި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިޓަލީގެ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޓީމަކަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި އެކޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅުގެ އިތުރުން ދެ ރިސާޗަރުން ހިމެނެއެވެ.

    ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހާމަކުރި ގޮތުގައި، ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ހޮހަޅެއްގެ ތެރެއިން މިހާތަނަށް އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑުވެސް އެ ތަނުގައި ވާނެ ކަމަށް ބެލެވެއެވެ. ސިފައިން ސިފަކުރި ގޮތުގައި މި ހަށިގަނޑުތައް ހޯދުމަށް ހިންގާ އޮޕަރޭޝަނަކީ ނުރައްކާތެރި އޮޕަރޭޝަނެކެވެ. އެ ސަރަހައްދުގައި ހާއްސަ އިކުއިޕްމަންޓްތަކާއެކު ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

    އިޓަލީގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ބުނި ގޮތުގައި، މަރުވި މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި އެ ގައުމުގެ އޮފިޝަލުން ދިވެހި އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ފަސް މީހުން ދަތުރުކުރި 'ޑިއުކް އޮފް ޔޯކް' ސަފާރީގައި ތިބި އިޓަލީގެ އެހެން 20 މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ސްްރީލަންކާގެ ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. މޫސުން ރަނގަޅުވިހާ އަވަހަކަށް އެ އުޅަނދު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.

    މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއްފަހަރާ މިހާ ގިނަ ޑައިވަރުން މަރުވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށް ބެލެވެއެވެ. ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފަސް މީހުން މޫދަށް ފޭބީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. އެ މީހުން އަނބުރާ މައްޗަށް ނޭރުމުން އުޅަނދުގެ ފަޅުވެރިން ވަނީ އެ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

    ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދުގެ މޫސުން އޭރު ގޯހެވެ. އަދި މާލެއާ 100 ކިލޯމީޓަރު ދުރުގައި އޮތް އެ ސަރަހައްދުގެ ދަތުރުވެރިންނާއި މަސްވެރިންނަށް ސަމާލުވުމަށް ރީނދޫ ސަމާލުވެސް އޮތީ ނެރެފައެވެ.

    ޔުނިވަރސިޓީ އޮފް ޖެނޯއާއިން ފަހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ޕްރޮފެސަރ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު އަދި އެ ޔުނިވަރސިޓީގެ ދަރިވަރެއް ކަމަށްވާ ޖިއޯޖިއާ ސޮމަކާލް އާއި، ރިސާޗް ފެލޯ މުރިއެލް އޮޑެނީނޯ އަދި މެރިން ބަޔޮލޮޖީން ގްރެޖުއޭޓްވެފައިވާ ފެޑެރީކޯ ގުއަލްޓިއޭރީއެވެ. ފަސްވަނަ މީހަކީ ބޯޓު އޮޕަރޭޝަންސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެޓީއެވެ.

    ޔުނިވަރސިޓީ އޮފް ޖެނޯއާއިން އެކްސް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި، މަރުވި މީހުންގެ އާއިލާތަކަށް ވަނީ ވަރަށް ފުން ހިތާމައަކާއެކު ތައުޒިޔާ ފޮނުވާފައެވެ.

    ސްްރީލަންކާއަށް ކަނޑައަޅާފައި ހުންނަ އިޓަލީގެ ސަފީރު ދަމިއާނޯ ފްރެންކޮވިޗް "ސްކައި ޓީޖީ24" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް އެކެއްގެ ހަށިގަނޑު ފެނިފައިވީ ނަމަވެސް، ބާކީ ތިބި ހަތަރު މީހުން އަދި ފެނިފައިނުވާ ކަމަށެވެ.

    އިޓަލީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ފަސް ޑައިވަރުން ވަދެފައިވާ ހޮހަޅަކީ ހަނި މަގުތަކަކުން ގުޅިފައިވާ ބޮޑު ތިން ކޮޓަރި ފަދަ ހުސް ސަރަހައްދުތަކެއް އެކުލެވިގެންވާ ތަނެކެވެ. ކޯސްޓްގާޑުގެ ޑައިވަރުން ހުކުރު ދުވަހު ކުރި ޑައިވްގައި މި ތަނުން ދެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ތިންވަނަ ސަރަހައްދު ބެލުމަށްޓަކައި ހޮނިހިރު ދުވަހު އިތުރު ޑައިވްއެއް ކުރުމަށް ވަނީ ރޭވިފައެވެ.

    މަރުވި މޮންޓެފަލްކޯންގެ ފިރިމީހާ ކާލޯ ސޮމަކާލް އިޓަލީގެ ނޫހެއް ކަމަށްވާ "ލާ ރިޕަބްލިކާ" އަށް ބުނި ގޮތުގައި، އޭނާގެ އަންހެނުންނަކީ ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ޑައިވަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާއަކީ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވާ އަދި ފަރުވާތެރި މީހެއް ކަމަށާއި، އަންހެނުންނަކީ އޭނާގެ ދަރިފުޅުގެ ނުވަތަ އެހެން މީހެއްގެ ފުރާނަވެސް ނުރައްކަލަށް ހުށަހަޅާނެ މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ. "ފަހަރެއްގައި އޮކްސިޖަން ޓޭންކަށް މައްސަލައެއް ދިމާވީ ކަމަށްވެސް ވެދާނެ، އަދި ސީދާ ވީގޮތެއް ނޭނގެ،" އޭނާ އިތުރަށް ބުންޏެވެ.

    މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ޑައިވް މާސްޓަރ މައުރީޒިއޯ އުރާސް ލަފާކުރާ ގޮތުގައި މިއީ "އޮކްސިޖަން ޓޮކްސިސިޓީ" ނުވަތަ އޮކްސިޖަން ޒަހަރަކަށްވުމުގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެއެވެ. އޭނާ އިޓަލީގެ "އަގީ" ނިއުސް އެޖެންސީއަށް ކިޔައިދިން ގޮތުގައި، ވަރަށް ފުނަށް އަޑިއަށް ޑައިވް ކުރާއިރު، އޮކްސިޖަން މިކްސްޗަރ ރަނގަޅު ނޫންނަމަ، ވަކި ހިސާބަކުން އޮކްސިޖަންއަކީ ހަށިގަނޑަށް ވިހަ އެއްޗަކަށް ވެދާނެއެވެ.

    މީގެ އިތުރުން މޫސުމީ ހާލަތަކީވެސް މުހިންމު ކަމެއް ކަމަށާއި، މެދުތެރޭ ކަނޑާ (މެޑިޓެރޭނިއަން ސީ) އާ ހިލާފަށް އިންޑިއާ ކަނޑަކީ ވަރަށް އޮއިގަދަ އަދި ނުރައްކާތެރި ކަނޑެއްކަން އޭނާ ފާހަގަކުރިއެވެ.

    ރާއްޖޭގައި ޑައިވިން އަދި ސްނޯކްލިން ހާދިސާތައް ހިނގުމަކީ ނިސްބަތުން މަދު ކަމެއް ނަމަވެސް، ފާއިތުވި އަހަރުތަކުގައި ބައެއް ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްލައިދޫ ރިސޯޓު ކައިރީގައި ޑައިވް ކުރަން އުޅުނު އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ޑައިވަރަކު ވަނީ މަރުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ކުރީކޮޅު ޅ. އަތޮޅުގައި ސްނޯކްލިންއަށް ގޮސް އުޅުނު ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކުވެސް ވަނީ މަރުވެފައެވެ.

    ]]>
    Sun, 17 May 2026 03:41:38 +0500 ނިއުސް ޑެސްކް
    30 އަހަރުގެ އަންހެނަކު ރޭޕްކުރުމުގެ މައްސަލައެއް https://heerasnews.com/4183 https://heerasnews.com/4183 އިންޑިއާ ސިއްސުވާލި 2012 ވަނަ އަހަރުގެ "ނިރުބަޔާ" ހާދިސާއަށްފަހު ގާތްގަނޑަކަށް 14 އަހަރު ފާއިތުވެފައި ވަނިކޮށް، ދިއްލީގައި ދަތުރު ކުރަމުންދިޔަ "ސްލީޕާ ބަހެއް"ގެ ތެރޭގައި 30 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

    މި ހާދިސާ ހިނގާފައިވަނީ އެ އަންހެންމީހާ ވަޒީފާ ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި، ސަރަސްވަތީ ވިހާރުގެ ބަސް ހުއްޓިއެއްގައި އޮތް ބިހާރުގައި ރަޖިސްޓްރީކޮށްފައިވާ ބަހަކަށް ގަޑި އަހާލުމަށް ކައިރިވި ވަގުތުގައެވެ. ފުލުހުން ބުނި ގޮތުގައި، ފިރިހެނަކު އެ އަންހެންމީހާ ގަދަކަމުން ބަހަށް އެރުވުމަށްފަހު، ބަސް ދިއްލީގެ މަގުތަކުގައި ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފިރިހެނަކު ވަނީ އޭނާއަށް ޖިންސީ ގޯނާކޮށްފައެވެ.

    މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ 2012 ވަނަ އަހަރު ހިނގި ނިރުބަޔާ ހާދިސާ ހަނދާން އާކޮށްފައެވެ. އެ ހާދިސާގައި ޒުވާން އަންހެނަކު ދަތުރުކުރަމުންދިޔަ ބަހެއްގެ ތެރޭގައި ރޭޕްކުރުމުގެ ސަބަބުން ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

    ދިއްލީގައި އަންހެނުންގެ ރައްކާތެރިކަން އޮތް މިންވަރާ މެދު އިދިކޮޅު ސިޔާސީ ލީޑަރުން ފާޑުވިދާޅުވަމުން ގެންދަވާއިރު، މި ހާދިސާއަކީ "ނިރުބަޔާ ހާދިސާ ތަކުރާރުވުން" ކަމަށް އެ ބޭފުޅުން ސިފަކުރައްވައެވެ.

    ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބަހުގެ ކުޑަދޮރުތަކުގައި ފޮތިގަނޑު ދަމާފައި ހުރުމުގެ ސަބަބުން ބޭރުގައި ތިބޭ މީހުންނަށް ބަހުގެ އެތެރޭގައި ހިނގަމުންދިޔަ ކަންކަން ފެންނާކަށް ނެތެވެ.

    ހާދިސާއަށްފަހު އެ އަންހެންމީހާ ނަންގްލޯއީ މެޓްރޯ ސްޓޭޝަން ކައިރިއަށް އެއްލާލާފައި ވަނިކޮށް، އޭނާ ފުލުހުންނަށް ގުޅުމުން ވަނީ މެޑިކަލް ޗެކަޕް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

    ފުލުހުން މިހާރު ވަނީ އިންޑިއާގެ އާ ގާނޫނުލްއުގޫބާތު ކަމަށްވާ "ބާރަތިޔާ ނިޔާޔާ ސަންހިތާ" 2023 ގެ ދަށުން ގްރޫޕް ރޭޕްގެ މައްސަލައެއް ރަޖިސްޓްރީކޮށް، ބަހުގެ ޑްރައިވަރު އުމޭޝް އާއި ކޮންޑަކްޓަރު ރާމެންދުރާ ހައްޔަރުކޮށްފައެވެ.

    ]]>
    Thu, 14 May 2026 19:06:54 +0500 ނާއިރާ
    ގޯހެއް ނުހަދާނަން އަދި ގޯހެއް ނުހައްދުވާނަން https://heerasnews.com/4165 https://heerasnews.com/4165 ސިޔާސީ ގޮތުން ކުރިމަތިވި އެތައް އޮޅުން ބޮޅުންތަކަކަށްފަހު، ތަމަޅަ ނާޑޫގެ ޗީފް މިނިސްޓަރުގެ މަގާމުގެ ހުވާ ކުރެއްވި ވިޖޭ ޗީފް މިނިސްޓަރުގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ތަގުރީރުގައި ވިދާޅުވި މުހިންމު ވާހަކަފުޅުތައް ސިދާވެފައި ސޮރީހައެވެ.

    އަޅުގަނޑަކީ ފަގީރުކަމާއި ބަނޑުހައިހޫނުކަން އިހުސާސްކުރެވިފައިވާ މީހަކީމެވެ. އަޅުގަނޑު އުފަންވީ ރަސްކަލެއްގެ އާއިލާއަކަށް ނޫނެވެ. އަޅުގަނޑަކީ ތިޔަ ބޭފުޅުންގެ ތެރެއިންވާ މީހަކީމެވެ. އަޅުގަނޑު އުފަން ވީ ފިލްމީ ދާއިރާއިން ކުރިއަށްދިއުމަށްޓަކައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ދަރިއެއްގެ ގޮތުގައެވެ. އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިމައްޗަށް މި އައީ ޝުކުރުވެރިކަމާއެކުގައެވެ. އަޅުގަނޑަކީ ތިޔަ ބޭފުޅުންގެ "ތަމްބީ" (ކޮއްކޮ) އެވެ.

    އަޅުގަނޑަކީ މަލާއިކަތެއް ނޫނެވެ. ނަމަވެސް އާދައިގެ އިންސާނަކީމެވެ. އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަންކަމުގެ ވައުދެއް އަޅުގަނޑު ނުވާނަމެވެ. އެކަމަކު ތިޔަބޭފުޅުންނާއެކު ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމުގެ އިތުބާރު މިއަދު އަޅުގަނޑަށް އެބައޮތެވެ. އަޅުގަނޑު އެދެނީ ތިޔަ އެންމެ ބޭފުޅުން އަޅުގަނޑަށް ކުޑަ ވަގުތުކޮޅެއް ދެއްވުމަށެވެ. އަޅުގަނޑު ވެފައިވާ ވައުދުތައް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފުއްދަމުން ގެންދާނަމެވެ. އަދި އެކަންކަން ތަންފީޒުކުރުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނަމެވެ.

    ހުރިހާ ކަމެއް މުރާޖައާ ކުރުމަށްފަހު، ރައްޔިތުންނަށް 'ވައިޓް ޕޭޕަރެއް' (ތަފްސީލީ ރިޕޯޓެއް) ނެރުމަކީ އަޅުގަނޑުގެ ގަސްދެވެ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ސަރުކާރަކީ ދެފުށް ފެންނަ ސަރުކާރަކަށް ވުމަށެވެ. އެއީ އަޅުގަނޑު އެންމެ ފުރަތަމަ ކުރަން ބޭނުންވާ ކަމެވެ.

    ތަމަޅަ ނާޑޫއާ ގުޅޭގޮތުން ދަންނަވާނަމަ، އަޅުގަނޑު މީހަކާ ބައްދަލުކުރަން ޖެހުނަސް، އެކަން ސިއްރިއްޔާތުގައި ނުވަތަ ބަންދު ދޮރުތަކެއްގެ ފުރަގަހަކު ނުކުރާނަމެވެ. އަޅުގަނޑު ކުރާ ކޮންމެ ކަމެއް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައެވެ.

    މިއަދުން ފެށިގެން މަސްތުވާތަކެތީގެ ވަބާ ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާނަމެވެ. އެ ވަބާއިން އަޅުގަނޑުމެންގެ ޒުވާނުން ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. ހަމައެފަދައިން، ގާނޫނާއި ގަވާއިދު ނަގަހައްޓައި، އެންމެންގެ ރައްކާތެރިކަން އަޅުގަނޑު ކަށަވަރުކޮށްދޭނަމެވެ. އަންހެނުންގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކޮށްދޭނަމެވެ.

    ބައެއް މީހުން އަޅުގަނޑަށް މަލާމާތްކޮށް އިހާނެތިކޮށް ކަންތައް ކުރި ނަމަވެސް، އެއީ ރަހުމަތްތެރިން ކަމުގައި ވިޔަސް ނުވަތަ ދުޝްމަނުން ކަމުގައި ވިޔަސް، މި އަށް ކްރޯޑް (80 މިލިއަން) ރައްޔިތުންނަކީ ހަމަ އަޅުގަނޑުގެ ރައްޔިތުންނެވެ. 

    އަޅުގަނޑު އެއްވެސް ގޯސް ކަމެއް ނުކުރާނަމެވެ. އަދި އަޅުގަނޑާއެކު ތިބި މީހުން ލައްވައިވެސް ގޯސް ކަމެއް ނުކުރުވާނަމެވެ. އެއްވެސް މީހެއްގެ ހިތުގައި ގޯސް ހިޔާލެއް އޮތް ނަމަ، އެކަން މިހާރުން މިހާރަށް ދޫކޮށްލާށެވެ. ރައްޔިތުންގެ ފައިސާގެ އެންމެ ޕައިސާއެއްގައިވެސް އަޅުގަނޑު އަތެއް ނުލާނަމެވެ.

    ސަރުކާރުގައި އޮންނާނީ ބާރުވެރި އެންމެ މަރުކަޒެކެވެ. މިއީ އަޅުގަނޑުގެ ސަރުކާރަކަށް ވާނެއެވެ. އެހެން އެއްވެސް ނުފޫޒުގަދަ ބާރުތަކެއް މި ސަރުކާރަކު ނޯންނާނެއެވެ. 

    އަޅުގަނޑުމެން އުފުލަންޖެހިފައިވަނީ ބޮޑު ބުރައެކެވެ. އަދި އަޅުގަނޑުމެން މި މަސްއޫލިއްޔަތާ މި ހަވާލުވަނީ އެކަން ދަނެގެންނެވެ.                    

    ]]>
    Mon, 11 May 2026 08:48:47 +0500 ހީރަސް
    އަހަންނަކީ މަލާއިކަތެއް ނޫން & އާދައިގެ އާންމު އިންސާނެއް: ވިޖޭ https://heerasnews.com/4163 https://heerasnews.com/4163 މަޝްހޫރު ތަމަޅަ ފިލްމީ ތަރި ތަލަޕަތީ ވިޖޭ އަކީ ސިޔާސީ ކަންކަމަށް އަލަށް ނުކުމެވަޑައިގެންނެވި ތަރިއެކެވެ. ސީ. ޖޯސެފް ވިޖޭ (ގިނަ ބަޔަކު ދަންނަ ގޮތުން ނަމަ ތަލަޕަތީ ވިޖޭ) މިހާރު ވަނީ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރ ކަމަށް އިންތިހާބުވެ މަގާމުގެ ގާނޫނީ ހުވާ މިއަދު ކުރައްވާފައެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީޕް މިނސްޓަރ ސީ. ޖޯސެފް ވިޖޭ ވިދާޅުވީ "އަހަންނަކީ މަލާއިކަތެއް ނޫން - ހަމަ އާދައިގެ އާންމު އިންސާނެއް"ކަމަށެވެ.

    އާއްމު ރައްޔިތުންގެ ވިންދާއެއް ގޮތަށް މަސައްކަތް ކުރެއްވުމަށް ނިކުންނެވި މަޝްހޫރު އެކްޓަރު ވިޖޭގެ އާ ސަރުކާރާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ހިއްސާކޮށްލާ ދޭނަމެވެ.

    ސިޔާސީ ޕާޓީ: އޭނާ އިސްކޮށް ހުންނަވަނީ "ތަމަޅަގަ ވެއްޓްރި ކަޅަގަމް" (ޓީ.ވީ.ކޭ) ޕާޓީގައެވެ.

    މަގާމާ ހަވާލުވެވަޑައިގެންނެވި ތާރީޚު: 10 މޭ 2026.

    މުހިންމުކަން: ވޭތުވެދިޔަ 60 އަހަރު ތެރޭގައި ތަމަޅަ ނާޑޫގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަމުން އައި ޑީ.އެމް.ކޭ އަދި އޭ.އައި.އޭ.ޑީ.އެމް.ކޭ ގެ ބާރު ކަނޑުވާލައި، އެ ދެ ޕާޓީ ނޫން އެހެން ފިކުރެއްގެ ވެރިކަމެއް ގާއިމުކުރެއްވި ފުރަތަމަ ލީޑަރަކީ ވިޖޭއެވެ.

    އެންމެ ފުރަތަމަ ނިންމެވި ނިންމެވުން: ޗީފް މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓުން 200 ޔުނިޓް ހިލޭ ދިނުމުގެ ގަރާރުގައި ސޮއިކުރެއްވުމެވެ.

    ފަސްމަންޒަރު: 4 މޭ 2026 ގައި ބޭއްވުނު ތަމަޅަ ނާޑޫގެ އެސެމްބްލީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ފުރިހަމަ އަގުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، 108 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ޓީ.ވީ.ކޭ ވުމުން، އެހެން ބައެއް ޕާޓީތަކުގެ އެހީތެރިކަމާއެކު އެ ޕާޓީން ވަނީ އަގުލަބިއްޔަތު ހޯދައި ސަރުކާރު އެކުލަވާލާފައެވެ.

    2026 ވަނަ އަހަރުގެ އިންތިހާބީ ކެމްޕޭނުގައި، ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ (ޓީ.ވީ.ކޭ) ވަނީ އަންހެނުންނާއި، ޒުވާނުން އަދި ދަނޑުވެރިންގެ ލާބަޔާއި މަންފާއަށް އަމާޒުކޮށް އިޖުތިމާއީ ރައްކާތެރިކަމުގެ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. މިއަދު، 10 މޭ 2026 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އޭނާ ވަނީ ވަގުތުން އެ ވަޢުދުތައް ފުއްދަވަން ފަށްޓަވާފައެވެ.

    އެގޮތުން 200 ޔުނިޓާ ހަމައަށް ހިލޭ ކަރަންޓު ދިނުމަށާއި، އަންހެނުންގެ ރައްކާތެރިކަމަށް ހާއްސަ "ސިންގަޕެން ފޯސް" އުފެއްދުމުގެ އިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ހާއްސަ ފައުޖެއް އެކުލަވާލުމުގެ ގަރާރުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

    އޭނާގެ މައިގަނޑު "ކާމިޔާބު" ވައުދުތަކުގެ ތެރޭގައި ހިމެނެނީ:

    އަންހެނުންގެ މަންފާއަށް: ގޭބިސީތަކުގެ އިސްވެރިންގެ ގޮތުގައި ތިބޭ، އުމުރުން 60 އަހަރުން ދަށުގެ އަންހެނުންނަށް މަހަކު 2,500 ރުޕީސްގެ މާލީ އެހީ ދިނުމާއި، އަހަރަކު 6 ގޭސް ފުޅި ހިލޭ ފޯރުކޮށްދިނުމެވެ. އަދި ތަނަވަސްކަން ކުޑަ އާއިލާތަކުގެ ކައިވެނިކުރާ އަންހެން ކުދިންނަށް 8 ގްރާމްގެ ރަނާއި ފަށުވި ސާޅީއެއް ހަދިޔާކުރުން ހިމެނެއެވެ.

    ޒުވާނުންނާއި ތައުލީމު: ޔުނިވަރސިޓީ ދަސްވެނިންނަށް މަހަކު 4,000 ރުޕީސް އާއި ޑިޕްލޮމާ ހާސިލުކޮށްފައިވާ ފަރާތްތަކަށް 2,500 ރުޕީސްގެ "އަންއެމްޕްލޯއިމަންޓް އެލަވަންސް" އެއް ދިނުން ހިމެނެއެވެ. އޭގެ އިތުރުން، އެއްވެސް ރަހުނަކާ ނުލައި 20 ލައްކަ ރުޕީސްއާ ހަމައަށް ތަޢުލީމީ ލޯނު ދޫކުރުމާއި، ވަޒީފާ ދިނުމުގެ ކަންކަން ލަސްވިޔަނުދީ ތަރުތީބުން ކުރިއަށް ގެންދިއުމަށް ހާއްސަ ކަލަންޑަރެއް އެކުލަވާލުން ހިމެނެއެވެ.

    ދަނޑުވެރިން: 5 އޭކަރަށް ވުރެ ކުޑަ ބިންތަކުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ލޯނުތައް އެއްކޮށް މާފުކޮށްދިނުމާއި، އެހެން ދަނޑުވެރިންގެ ލޯނުތަކުގެ ދެބައިކުޅަ އެއްބައި މާފުކޮށްދިނުމަށް ނިންމިއެވެ. ހަނޑުލާއި ހަކުރު ގަންނާނެ އެންމެ ދަށް އަގުތަކެއް ސަރުކާރުން ކަނޑައެޅުމަޚިވެސް ވައުދެކެވެ.

    ވެރިކަން ހިންގުމާއި ޓެކްނޮލޮޖީ: އިންޑިއާގައި ފުރަތަމަ ފަހަރަށް "މިނިސްޓްރީ އޮފް އާޓިފިޝަލް އިންޓެލިޖެންސް" އުފެއްދުމާއި، 2036 ވަނަ އަހަރާ ހަމައަށް ޓެމިލްނާޑޫގެ އިގްތިސާދު 1.5 ޓްރިލިއަން ޑޮލަރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ޗީފް މިނިސްޓަރ ވަނީ އަމާޒު ހިފާފައެވެ.

    ސިއްހަތާއި ރައްކާތެރިކަން: ކޮންމެ އާއިލާއަކަށް 25 ލައްކަ ރުޕީސްގެ ހެލްތު އިންޝުއަރެންސް ފޯރުކޮށްދިނުމާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަހަކު 3,000 ރުޕީސްގެ ޕެންޝަނެއް ދިނުމާއި ހުރިހާ ގެއަކަށް އިސްކުރުބަރިން ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވިޖޭ ސަރުކާރުގެ މައިގަޑު އެއް އަމާޒެވެ.

    ]]>
    Sun, 10 May 2026 14:40:34 +0500 ނިއުސް ޑެސްކް
    ފުރާނައަށް ނުރައްކާތެރި ގައިންގަޔަށް އަރާ ވައިރަސްއެއް ފެތުރެންފަށައިފި https://heerasnews.com/4154 https://heerasnews.com/4154 އެމް.ވީ ހޮންޑިއަސް ނަމަކަށް ކިޔާ ކްރޫޒް ލައިނާއެއްގައި ދަތުރުކުރި ފަސިންޖަރުންގެ މެދުގައި، އިންސާނުންގެ ގަޔަށް އަރާ ފުރާނައަށް ނުރައްކާތެރި ހެންޓާވައިރަސްގެ ބާވަތެއް ފެތުރެމުންދާކަން ވަނީ ހާމަވެފައެވެ. ބައެއް މީހުންގެ ހާލު ދެރަވެގެން ކުއްލި ހާލަތުގައި ބާލާފައިވާއިރު، މި އުޅަނދު މިހާރު ދަތުރުކުރަމުންދަނީ ކެނޭރީ އައިލެންޑްސް (ޓެނެރީފް)އާ ދިމާލަށެވެ.

    ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން މައުލޫމާތު ދޭ ގޮތުގައި، މި އުޅަނދާ ގުޅުންހުރި ހެންޓާވައިރަސްގެ އަށް ކޭސްއެއް މިހާތަނަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ބަލި ޖެހިފައިވާކަން ޔަގީންކުރެވިފައިވާ ތިން މީހުންނާއި، ބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭ ފަސް މީހުން ހިމެނެއެވެ. އޭޕްރިލް މަހުގެ 1 ވަނަ ދުވަހު އުޝުއާއިއާއިން މި އުޅަނދު ފުރި ފަހުން، މިހާތަނަށް ތިން މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

    ދެ ބަލިމީހެއްގެ ހަށިގަނޑުން ހެންޓާވައިރަސްގެ "އެންޑީސް ސްޓްރެއިން" ފެނިފައިވާކަން ސިއްހީ މާހިރުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ އިންސާނުންގެ މެދުގައި ފެތުރުމުގެ ގާބިލުކަން ލިބިފައިވާ، ވަރަށް މަދުން ނޫނީ ނުފެންނަ ވައިރަހެކެވެ. މާހިރުން ގަބޫލުކުރާ ގޮތުގައި މި ބަލި ފެތުރުމަށް މެދުވެރިވީ ފަސިންޖަރުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ.

    ހާލު ސީރިއަސްވި ތިން ފަސިންޖަރުންނަކީ އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ޖަރުމަނުވިލާތަށް ނިސްބަތްވާ މީހުންނެވެ. ފަރުވާއަށްޓަކައި ެ 3 މީހުން ނެދަލޭންޑްސްއަށް ގެންގޮސްފައިވާއިރު، އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭހެން ބައެއް ގައުމުތަކުން ދަނީ މީގެ ކުރިން އެ އުޅަނދުން ފޭބި ފަސިންޖަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

    23 ގައުމަކަށް ނިސްބަތްވާ 146 މީހުންނާއެކު ދަތުރުކުރަމުންދާ މި އުޅަނދުގައި ބަލި ފެތުރެމުންދާތީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުން ވަނީ އުފެދިފައެވެ. މިހާރު އުޅަނދުގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު، ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޓެނެރީފްއަށް އުޅަނދު ބަނދަރުކުރުމާއެކު ހުރިހާ ފަސިންޖަރުންގެ ސިއްހީ ސްކްރީނިންގްއެއް ކުރިއަށް ގެންދާނެއެވެ. ނަމަވެސް، އާންމުންގެ މެދުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް އޮފިޝަލުން ފާހަގަކުރައްވައެވެ.

    ]]>
    Fri, 08 May 2026 10:26:44 +0500 ނާއިރާ
    ޝަހީދުވިތާ 24 ގަޑިއިރު ނުވަނީސް ދަރިއަކު ލިބިއްޖެ https://heerasnews.com/4146 https://heerasnews.com/4146 ފަލަސްތީނުގައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން އެތައް މުސްލިމަކު ޝަހީދު ކޮށްލުމަށް އިއްޔެ ހިންގި އުދުވާނުގައި އުމުރުން 26 އަހަރުގެ ޒުވާނެއްކަމުގައިވާ ނާއިފް ސަމަރޫ ވަނީ ޝަހީދު ކޮށްލާފައެވެ. ޝަހީދު ނާއިފް ސަމާރޫ ޝަހީދުކޮށްލިތާ 24 ގަޑިއިރު ވެސް ނުވަނީސް، އޭނާގެ ފުރަތަމަ ދަރިފުޅު ނާބުލުސްގައި އުފަންވެއްޖެއެވެ.

    ސިއްހީ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހޯމަ ދުވަހު އެ ސިޓީގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން މި ކުއްޖާ ވިއްސާފައިވާއިރު، މަންމަ އާއި ދަރިފުޅުގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ.

    އާއިލާއިން މައުލޫމާތު ދިން ގޮތުގައި، މި ކުއްޖާއަށް "ޔަމަން" ގެ ނަމުން ނަން ދީފައިވަނީ އޭނާގެ ބައްޕަގެ އެދުމުގެ މަތިންނެވެ. ނާއިފް ސަމާރޫ ޝަހީދުވުމުގެ ކުޑަވަގުތުކޮޅެއް ކުރިންވެސް އޭނާ ހުރީ އޭނާގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްގެނެވެ.

    އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ނާއިފް ޝަހީދުވި ދުވަހު، އޭނާގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް މި އައީ ބައްޕަގެ ލޯތްބާއި އަޅާލުމުން މަހުރޫމްވެފައިވާ ހާލުގައެވެ.

    ]]>
    Tue, 05 May 2026 14:49:03 +0500 ނާއިރާ
    އޭސީއެއް ގޮވައިގެން 9 މީހުން މަރުވެއްޖެ https://heerasnews.com/4136 https://heerasnews.com/4136 އިންޑިއާގެ ދިއްލީގެ ވިވެކް ވިހާރުގައި ހުރި މީހުން ދިރިއުޅޭ ހަތަރު ބުރީގެ އިމާރާތެއްގައި މިއަދު ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެއް އަހަރުގެ ކުޑަކުއްޖަކާއެކު ޖުމްލަ 9 މީހުން މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވެއްޖެއެވެ.

    މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ފަތިހު 4 ޖަހާކަންހާއިރު އެ އިމާރާތުގެ ދެވަނަ ބުރީގައެވެ. އަދި ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުޅި އިމާރާތުގެ މަތީ ބައިތަކަށް އަލިފާންގަނޑު ފެތުރިގެން ދިޔައެވެ. އަލިފާން ނިއްވުމަށްޓަކައި ފަޔަރ ފައިޓަރުންގެ 14 ވެހިކަލް ހަރަކާތްތެރިވިއިރު، ގާތްގަނޑަކަށް ދެ ގަޑިއިރުގެ މަސައްކަތުން އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މި ހާދިސާގައި އެ އިމާރާތުގައި ތިބި 12 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތްކުރެވިފައެވެ.

    ހާދިސާގައި މަރުވި ގިނަ މީހުންނަކީ އެއް އާއިލާއެއްގެ (ޖައިން އާއިލާގެ) މެންބަރުންނެވެ. އަދި އަނިޔާވި މީހުންނަށް މިހާރު ދަނީ ގުރޫ ތެގް ބަހާދުރް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

    ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ މަރުވި އެންމެންގެ ހަށިގަނޑު ނެރެ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައެވެ. އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ އޭސީއެއް ގޮވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

    ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާ ވަނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވައި، ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

    ]]>
    Sun, 03 May 2026 12:08:25 +0500 ނާއިރާ
    ފުލުފުލުގައި ކުރެއްވި ޕޯސްޓްތަކުން ޓްރަމްޕް ހަމަކަމަކަށް ނުބެލެވޭ: މުހައްލިލުން https://heerasnews.com/4134 https://heerasnews.com/4134 ޑޮނަލްޑް ޓްރަމްޕް ރޭގެ ދަންވަރުގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ޕޯސްޓްތަކެއް ކުރައްވައިފިއެވެ. ޓްރަމްޕްގެ އާދަޔާހިލާފު ޕޯސްޓްތަކަކާއި އޭއައި ފޮޓޯތަކެއްގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާ މެދު ވަނީ ސުވާލު އުފެދިފައެވެ.

    ވޮޝިންޓަން ޑީސީގެ މަޝްހޫރު "ރިފްލެކްޓިންގ ޕޫލް" އަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ މަންޒަރުތައް ހިމެނޭހެން، ދަންވަރުގެ ވަގުތެއްގައި ޓްރަމްޕް ކުރެއްވި ސިލްސިލާ ޕޯސްޓްތަކަކާ ގުޅިގެން، އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

    އެމެރިކާގެ ގަޑިން  ރޭގެ 11:03 އެހާކަންހާއިރު ޓްރަމްޕް ވަނީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފައެވެ. އެ ފޮޓޯއިން ފެންނަނީ ލިންކަން މެމޯރިއަލްގެ ރިފްލެކްޓިންގ ޕޫލްގައި ޓްރަމްޕާއި، ޖޭޑީ ވެންސް އަދި މާކް ރޫބިއޯ ގަމީސް ނުލައި ތިބޭ މަންޒަރެވެ. މި ފޮޓޯއިން ދައްކުވައިދެނީ އެ ފެންގަނޑުގެ އަޑީގައިވާ ގްރެނައިޓް ތަޅުންގަނޑު މަރާމާތު ކުރުމުގެ ބަދަލުގައި، "އިންޑަސްޓްރިއަލް ގްރޭޑް" ގެ ކުލައެއް ބޭނުންކޮށްގެން އެމެރިކާގެ ދިދައިގައި ހުންނަ ފަދަ ނޫކުލައަކަށް އެތަން ބަދަލުކޮށްފައިވާ މަންޒަރެވެ.

    "ޓްރުތް ސޯޝަލް" ގައި އޭނާ ހިއްސާކުރެއްވި އިތުރު ފޮޓޯތަކުގެ ތެރޭގައި، ބަރަކް އޮބާމާގެ ރިޔާސަތުގައި އެ ފެންގަނޑު އަޅާނުލެވި އޮތް ކަމަށް ދައްކުވައިދޭ ފޮޓޯއަކާއި، މިހާރު ކުރިއަށްދާ މަރާމާތުތައް ނިމުމުން އެތަން ފެންނާނެ ގޮތުގެ ފޮޓޯއެއް ހިމެނެއެވެ.

    މިކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް އިންޓީރިއާ އިން ހާމަކޮށްފައިވާ ގޮތުގައި، އެތަނުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މޭ މަހުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށެވެ. އަދި އެ ފެންގަނޑުގެ ބޮޑު މަރާމާތެއް އެންމެ ފަހުން ކުރެވުނީ 2012 ވަނަ އަހަރު ކަމަށް ޑިޕާޓްމަންޓް އޮފް އިންޓީރިއާ އިން ބުނެފައިވެއެވެ.

    މިދިޔަ ހަފުތާ ބަންދުގައި ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓުންނަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ވަކި އެއް މައުލޫއަކަށް މަޑުކޮށްލުމެއް ނެތި ފުލުފުލުގައި ރޭގައި ޓްރަމްޕް ކުރެއްވި ޕޯސްޓްތަކުގައި ޓްރަމްޕް ވަނީ މެލަނިއާ ޓްރަމްޕް ހިނިތުންވެފައި ހުރި ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ. މިދިޔަ ހަފުތާ ބަންދުގައި ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓުންނަށް އަމާޒުކޮށް ދިން ހަމަލާއަކީ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއެކެވެ.

    މީގެ އިތުރުން ކުރެއްވި އެހެން ޕޯސްޓެއްގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސްއަށް ނިސްބަތްކޮށް، އޭނާއަކީ "އައިކިއު ދަށް" އަދި "ނުލަފާ މީހެއް" ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި "މައުންޓް ރަޝްމޯރ" ނޭޝަނަލް މެމޯރިއަލްގައިވާ މަޝްހޫރު ރައީސުންގެ މޫނުތަކާ އެކު ޓްރަމްޕްގެ މޫނު ހިމަނާފައިވާ ފޮޓޯއެއްވެސް އޭނާ ހިއްސާކުރެއްވިއެވެ. ޖޯޖް ވޮޝިންޓަން، ތޯމަސް ޖެފަރސަން، ތިއޮޑޯ ރޫޒަވެލްޓް އަދި އަބްރަހަމް ލިންކަންގެ ސޫރައާ އެކު އޭނާގެ ސޫރަ އެ ފަރުބަދައިގައި ކަނޑާނެގުމަކީ "ރަނގަޅު ހިޔާލެއް" ކަމަށް ޓްރަމްޕް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

    2025 ވަނަ އަހަރު ފްލޮރިޑާގެ މަންދޫބު އަނާ ޕައުލީނާ ލޫނާ ވަނީ މައުންޓް ރަޝްމޯރގައި ޓްރަމްޕްގެ ސޫރަ ކަނޑާނެގުމަށް ބިލެއް ހުށަހަޅާފައެވެ. ނަމަވެސް އެ ބިލު ކޮމިޓީ މަރުހަލާއިން ކުރިއަށް ގޮސްފައެއް ނުވެއެވެ.

    ފެންގަނޑުގެ މަރާމާތާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އިތުރަށް ބުނެފައިވަނީ، ހަފުތާ ބަންދުގައި ފެނުނު މަޑު ނޫކުލައަކީ ގިނަ ފަށަލަތަކަކުން ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ލެވޭ "ބޭސް ކޯޓް" ނުވަތަ ފެށުމެއް ކަމަށެވެ.

    ޓްރަމްޕް ހިއްސާކުރެއްވި އެހެން އޭއައި ފޮޓޯއަކުން ފެންނަނީ "ވައިލްޑް" ޖަހާފައިވާ އޫނޯ ކާޑުތަކެއް އޭނާ ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި "ހުރިހާ ކާޑެއް އޮތީ މަގޭ އަތުގައި" ކަމަށް ލިޔެފައިވެއެވެ.

    ޓްރަމްޕްގެ މި ޕޯސްޓްތަކާ ގުޅޭގޮތުން ސިޔާސީ މުހައްލިލު ހެރީ ސިސަން ވިދާޅުވީ، މި ހުރިހާ ކަމެއް ހިނގާފައިވަނީ ގަޑިއެއްހާ އިރަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށާއި، މި މީހާގެ (ޓްރަމްޕްގެ) ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށެވެ.

    ވޭތުވެދިޔަ އަހަރު ޓްރަމްޕް ދެވަނަ ފަހަރަށް ވައިޓް ހައުސްއަށް ވަޑައިގެންނެވިއިރު، އޭނާއަކީ އެމެރިކާގެ ތާރީހުގައި މަގާމާ ހަވާލުވި އެންމެ ދޮށީ އުމުރުގެ ރައީސަށް ވުމުން، އޭނާގެ ސިއްހީ ހާލަތާ މެދު އޮތް ސުވާލުތައް ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.

    ]]>
    Sat, 02 May 2026 20:47:35 +0500 ނިއުސް ޑެސްކް
    ފުލުހުން ހެދި ގޯހަކުން ފިރިމީހާ މަރާލި އަންހެންމީހާ ދޫކޮށްލައިފި https://heerasnews.com/4133 https://heerasnews.com/4133 ފުލުހުންނަށް ހެދުނު އިދާރީ ކުށެއްގެ ސަބަބުން، ހަނީމޫންގައި ފިރިމީހާ މަރާލި ކަމަށް ތުހުމަތުކުރެވޭ އަންހެނަކަށް ކަފާލާތުގެ ފުރުސަތު ލިބިއްޖެއެވެ.

    މޭގަލަޔާގެ ކޯޓަކުން ސޯނަމް ރަގޫވަންޝީ ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމީ، އޭނާ ހައްޔަރުކުރުމުގައި ފުލުހުން ތައްޔާރުކުރި ލިޔެކިޔުންތަކުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަވުމާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ އަހަރު ހަނީމޫނަށް ގޮސް އުޅުމުގެ ތެރޭގައި ފިރިމީހާ މަރާލާފައިވާ ކަމަށެވެ.

    2025 ވަނަ އަހަރު ހިނގި މި ހާދިސާގައި ފުލުހުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ، އިންޑިއާގެ ޖިނާއީ ގާނޫނުގައި ނެތް މާއްދާއަކާ ހަވާލާދީ އޭނާ ހައްޔަރުކުރުމެވެ. ފުލުހުން ބުނާ ގޮތުގައި މިއީ "ކްލެރިކަލް" ނުވަތަ އިދާރީ އޮޅުމެކެވެ. ނަމަވެސް، ހައްޔަރުކުރި ފޯމުގައި 'ބާރަތިޔާ ނިޔާޔާ ސަންހިތާ' ގައި ނެތް މާއްދާއެއް ކަމަށްވާ 403(1) ލިޔެފައި އޮތުމުން، ކޯޓުން އެކަން ބަލައެއް ނުގަތެވެ. އަސްލު މަރުގެ މައްސަލަތަކުގައި ބޭނުންކުރަންޖެހޭ މާއްދާއަކީ 103(1) އެވެ. އިނގިރޭސި އިސްތިއުމާރީ ދުވަސްވަރުގެ "އިންޑިއަން ޕީނަލް ކޯޑު" އުވާލައި، އަމަލުކުރަން ފެށި އާ ގާނޫނުގައި 403(1) ކިޔާ މާއްދާއެއް ނުހިމެނެއެވެ.

    ކޯޓު އަމުރުގައިވާ ގޮތުން، ސޯނަމް ހައްޔަރުކުރި ފޯމާއި، ތަހުގީގީ ރިޕޯޓުތަކާއި، އަދި ކޭސް ޑައިރީގައި ވެސް ބޭނުންކޮށްފައި ވަނީ ގާނޫނުގައި ނެތް މާއްދާއެކެވެ. މިއީ އިދާރީ ކުށެއް ކަމަށް ބުނެ ފުލުހުން ދެއްކި އުޒުރު ކޯޓުން ބޭރުކޮށްލީ، ހައްޔަރުކުރި ސަބަބު ގާނޫނީ ގޮތުން ސައްހަ ގޮތެއްގައި ބުނެދީފައި ނުވާތީ އެ ހައްޔަރަކީ ގާނޫނީ ގޮތުން ސައްހަ ހައްޔަރެއް ނޫން ކަމަށް ކަނޑައަޅާފައެވެ.

    ގާނޫނީ އެހީތެރިކަން ލިބުމުގައި ހުރި ހުރަސްތައް

    މީގެ އިތުރުން، ސޯނަމް ފުރަތަމަ ފަހަރަށް ގާޒީޕޫރު ކޯޓަށް ހާޒިރުކުރިއިރު، އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިފައިވާކަން ލިޔެކިޔުންތަކުން އެނގެން ނެތްކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން، ހައްޔަރުކުރުމުގައި ހުރި މައްސަލަތައް ކުރީ މަރުހަލާގައި ފާހަގަކުރުމުގެ ފުރުސަތު އޭނާއަށް ގެއްލިގެން ދިޔައެވެ.

    ޝަރުތުތަކާއެކު ދޫކޮށްލުން

    ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް، ކޯޓުން ވަނީ ޝަރުތުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ކޯޓުގެ ހުއްދަ ނެތި ޝިލޯންގް ސަރަހައްދުން ބޭރަށް ދިއުން ވަނީ މަނާކޮށްފައެވެ. ސޯނަމްގެ ބޭބެ، ގޯވިންދު ރަގޫވަންޝީ ބުނި ގޮތުގައި އޭނާ ދޫކޮށްލި ނަމަވެސް އާއިލާއިން އޭނާ ގެއަށް ގެންދިއުމާ މެދު އަދި ގޮތެއް ނުނިންމައެވެ. "ސޯނަމަށް ކަފާލާތު ލިބުނުކަން އެނގިއްޖެ، އެކަމަކު އޭނާ ދޫކޮށްލާނެ ވަގުތެއް ނޭނގެ. އޭނާ ގެއަށް ގެނެސްފިނަމަ، އަހަރެން އެގޭގައި ނުހުންނާނަން،" ގޯވިންދު ބުންޏެވެ.

    މައްސަލައިގެ ފަސްފަހަތް

    މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ސޯނަމް އާއި ރާޖާ ރަގޫވަންޝީ ކައިވެނިކުރީ 2025 ވަނަ އަހަރުގެ މެއި މަހުއެވެ. އިންޑޯރުން ޝިލޯންގަށް ކުރި ހަނީމޫން ދަތުރުގެ ތެރެއިން ރާޖާ ގެއްލިގެން ހޯދަނިކޮށް، އޭނާގެ ހަށިގަނޑު ފެނުނީ ޖޫން މަހުގެ 2 ވަނަ ދުވަހު ފުން ވަޅުގަނޑެއްގެ ތެރެއިންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ ސޯނަމް އިތުރު ބަޔަކާ ގުޅިގެން ރާވައިގެން ހިންގި މަރެކެވެ. މި މައްސަލައިގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން ތިން މީހަކު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

    ހައްޔަރުކުރުމުގެ މަރުހަލާގައި ހުރި މި ބޮޑެތި ގޯސްތަކުގެ ސަބަބުން، ތަހުގީގު ކުރިއަށް ދިޔަ ނަމަވެސް، މުޅި މައްސަލައިގެ ކުރިމަގަށް ގާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

    ]]>
    Sat, 02 May 2026 19:10:07 +0500 ނިއުސް ޑެސްކް
    ރޭޕިސްޓް ގައްޔޫމް 20 އަހަރަށް ފަހު އަތުލައިގެންފި https://heerasnews.com/4132 https://heerasnews.com/4132 ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު، 20 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ފޮރެންސިކް ތަހުލީލުތަކަށް ލިބުނު ކުރިއެރުމަކާ ގުޅިގެން އަތުލައިގަނެ، ޖަލަށް ލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2004 ވަނަ އަހަރުގެ ޖޫން މަހު އިނގިރޭސިވިލާތުގެ ބްރެޑްފޯޑްގައެވެ. އޭރު އުމުރުން 31 އަހަރުގެ އަބްދުލް ގައްޔޫމް، އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކު އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސްގެން މަސްތުވާތަކެއްޗާއި ރާ ދީގެން ޖިންސީ ގޯނާ ވަނީ ކޮށްފައެވެ.

    މިހާރު އުމުރުން 53 އަހަރުގެ ގައްޔޫމް، އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކަށް އިންކާރު ކުރި ނަމަވެސް، ބްރެޑްފޯޑް ކްރައުން ކޯޓުން ވަނީ އޭނާ ކުށްވެރިވާ ކަމަށް ނިންމައި 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން، އޭނާގެ ނަން ވަނީ އުމުރަށް ޖިންސީ ކުށްވެރިންގެ ދަފްތަރުގައި ހިމަނާފައެވެ.

    ކޯޓުގައި ހާމަކުރި ގޮތުގައި، ގައްޔޫމް އެ ކުއްޖާއާ ދިމާވީ އޭނާގެ ރަހުމަތްތެރިއަކު ދުއްވި ކާރެއްގެ ފަސިންޖަރެއްގެ ގޮތުގައި އިންދައެވެ. އެމީހުންނާއެކު ދިއުމަށް އެ ކުއްޖާއަށް ބާރުއަޅައި، އެންމެ ފަހުން ކާރަށް އެރުމަށް އަމުރުކުރިއެވެ. އެއަށްފަހު، ގައްޔޫމްގެ އެޕާޓްމަންޓަށް ގެންގޮސް އެ ކުއްޖާއަށް މަސްތުވާތަކެތި ދީ، ރާ ބޯންދިނުމަށްފަހު ވަނީ ޖިންސީ ގޯނާކޮށްފައެވެ. އެ ކުއްޖާ އެތަނުން ދިޔަ ނުދިނުމަށް އޭނާ މަސައްކަތް ކުރި ނަމަވެސް، އެ ކުއްޖާ ވަނީ ފުލުހުންނަށް ގުޅައި އެތަނުން ސަލާމަތްވެފައެވެ.

    އަނިޔާ ލިބުނު ފަރާތުން ކޯޓުގައި ދިން ބަޔާނުގައި ބުނެފައިވަނީ، އޭނާއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކާ އަޅާބަލާއިރު، ގައްޔޫމަށް ކިތަންމެ ދިގު މުއްދަތެއްގެ ހުކުމެއް އިއްވި ކަމުގައިވިޔަސް އެއީ ފުދޭވަރެއް ނޫން ކަމަށެވެ. "އަހަރެންނަކީ އޭރު އެންމެ 14 އަހަރުގެ ކުޑަކުއްޖެއް. އާދައިގެ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ކަލޭ އަހަރެންގެ ކިބައިން ނިގުޅައިގަތީ. 22 އަހަރު ވަންދެން ކަލޭ އާދައިގެ ދިރިއުޅުމެއް އުޅުނުއިރު، އަހަރެން މިއުޅުނީ ކަލޭގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން ޖަލެއްގައި އުޅޭ ފަދަ އިހުސާސެއްގައެވެ،" އޭނާ ބުނެފައިވެއެވެ. ނަމަވެސް، އެތައް ދުވަހަކަށްފަހު އިންސާފު ލިބުމުން ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

    ވެސްޓް ޔޯކްޝަޔަރ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، 2004 ވަނަ އަހަރުވެސް ގައްޔޫމް ހައްޔަރުކޮށް ސުވާލުކުރެވުނެވެ. ނަމަވެސް އޭރު ލިބިފައި ހުރި ހެކިތަކަކީ އޭނާގެ މައްޗަށް ދައުވާ ކުރެވޭ ފަދަ ވަރުގަދަ ހެކިތަކަކަށް ނުވާތީ އޭނާ ދޫކޮށްލީއެވެ. މި މައްސަލަ އަލުން ބަލަން ފެށީ ފުލުހުންގެ "އޮޕަރޭޝަން ރީކޯލް" ގެ ދަށުންނެވެ. މި މަސައްކަތުގެ ތެރެއިން، އޭރު ނަގާފައިވާ ސާމްޕަލްތަކުން ފެނުނު ޑީއެންއޭ އާއި ގައްޔޫމްގެ ޑީއެންއޭ ދިމާވުމުން، އޭނާ މިހާރު އެވަނީ އަތުލައިގަނެވިފައެވެ.

    ]]>
    Sat, 02 May 2026 15:42:50 +0500 ނިއުސް ޑެސްކް
    ބިރިޔާންޏާއި ކަރާ ކައިގެން 4 މީހަކު މަރުވެއްޖެ https://heerasnews.com/4129 https://heerasnews.com/4129 އިންޑިއާގެ މުމްބާއީގައި ކާނާ ވިހަވި ކަމަށް ބެލެވޭ ހިތާމަވެރި ހާދިސާއެއްގައި، އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ދެމަފިރިންނާއި އެ މީހުންގެ ދެ އަންހެން ދަރިންނެވެ.

    މުމްބާއީގެ އެ އާއިލާގެ މީހުން ބަލިވީ ރޭގަނޑުގެ ކެއުމުގައި ބިރިޔާންޏާއި ކަރާ ކެއުމަށް ފަހުގައެވެ. ބިރިޔާންޏާއި ކަރާ ކެއުމުގެ ފަހުން ހޮޑުލުމާއި ބޭރަށް ހިންގުން ފަދަ އުނދަގޫތައް ކުރިމަތިވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް، ހަތަރު މީހުންވެސް ވަނީ މަރުވެފައެވެ.

    މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، މަރުވި ސީދާ ސަބަބު ކަށަވަރުވާނީ މެޑިކަލް ރިޕޯޓްތައް ލިބުމުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މީގެ އިތުރުން، އިންޑިއާގެ ޖާރްކަންޑްގައިވެސް މަގުމަތިން ވިއްކާ ކާނާ ކައިގެން ކުޑަކުއްޖަކު މަރުވެ، އިތުރު ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހިފައިވާ ހާދިސާއެއް ވަނީ ހިނގާފައެވެ.

    މި ހާދިސާތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ކާނާގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.

    ]]>
    Fri, 01 May 2026 13:40:27 +0500 ނާއިރާ
    ޓްރަމްޕްގެ އިންޒާރާއެކު ތެލުގެ އަގު ހަތަރު އަހަރުތެރޭގައި ނުއުފުލޭހާ މައްޗަށް https://heerasnews.com/4127 https://heerasnews.com/4127 އީރާނުގެ ބަނދަރުތައް އެތައް މަހެއް ވަންދެން ބަންދުކޮށްފާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނުއުފުލޭ މިންވަރަށް މައްޗަށް ހިނގައްޖެއެވެ. މިކަމުގެ ސަބަބުން ހަކަތައިގެ ސަޕްލައިއަށް ދިގުމުއްދަތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 126 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގުވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ.

    މި ނުތަނަވަސްކަން ބޮޑަށް އަމާޒުވެފައިވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގެއް ކަމަށްވާ "ސްޓްރެއިޓް އޮފް ހޯރްމޫޒް" އަށެވެ. އީރާނުން އެ ސަރަހައްދު އަލުން ހުޅުވާލުމަށް ހުށަހެޅި ނަމަވެސް، އެމެރިކާ ސަރުކާރުން ވަނީ އީރާނުގެ ނިޔަތާ މެދު ޝައްކު އުފައްދާފައެވެ. އަދި ބްލޮކޭޑް ނުވަތަ ބަންދުކުރުން ދިގުދަންމާލުމަށް ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް އެމެރިކާގެ އޮފިޝަލުން ވަނީ ދެއްވާފައެވެ.

    ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕް ގެންދަވަނީ އަސްކަރީ ފިޔަވަޅުތަކެއް އެޅުމާ މެދު ވެސް ވިސްނަވަމުންނެވެ. މިގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިކަމާ ގުޅޭ މައުލޫމާތުތައް ދިނުމަށް ވަނީ ރޭވިފައެވެ. އެހެންނަމަވެސް، ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މަޝްވަރާތައް ހުއްޓިފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.

    ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އޭޝިއާ އާއި ޔޫރަޕްގެ ހިއްސާގެ ބާޒާރުތަކަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ރައްކާތެރި ރައުސްމާލެއްގެ ގޮތުގައި އިންވެސްޓަރުން ބަލާ އެމެރިކާ ޑޮލަރުގެ ކުރިއެރުން ވަނީ އިތުރުވެފައެވެ. ހަމައެއާއެކު، ސެމްސަންގް އިލެކްޓްރޯނިކްސް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ލިބުނު ބޮޑު ފައިދާއާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުންހުރި މާކެޓްތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބިފައެވެ.

    ޖުމްލަގޮތެއްގައި އިންވެސްޓަރުން ކަންބޮޑުވަނީ މި މައްސަލަ ހީކުރި ވަރަށް ވުރެ ދިގުލައިގެން ހިނގައިދާނެތީއެވެ. މީގެ ސަބަބުން މާކެޓްގައި އޮތް އުންމީދީ ރޫހު މިހާރު ވަނީ ސަމާލުވުމުގެ ރޫހަކަށް ބަދަލުވެފައެވެ.

    ]]>
    Thu, 30 Apr 2026 15:46:16 +0500 ނާއިރާ
    ހޮރްމުޒްގެ މަޝްވަރާގައި އީރާނުގެ ހުށަހެޅުމަށް ޓްރަމްޕް ޝައްކުކުރޭ https://heerasnews.com/4120 https://heerasnews.com/4120 މަސްރަހު ފިނިކުރުމަށްޓަކައި އީރާނުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުންތައް ބަލައިގަތުމަށް ޑޮނަލްޑް ޓްރަމްޕް ޖެހިލުންވެވަޑައިގަންނަވާ ކަމަށް، މިކަމާ ގުޅޭ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނެފިއެވެ. އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ހުށަހަޅާފައެވެ. ނަމަވެސް، އެ ގައުމުން ވަނީ މަޝްވަރާތަކުގައި ދޫނުދޭނެ ވަކި ހުދޫދުތަކެއް ނުވަތަ "ރަތް ރޭލުތަކެއް" ކަނޑައަޅާފައެވެ.

    ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، މި މައްސަލައާއި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ކަންކަން ވަކިކޮށްގެން ކުރިއަށް ގެންދިއުމާ މެދު ޓްރަމްޕް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ. އެމެރިކާގެ އޮފިޝަލުން މިކަމުގައި ގެންގުޅުއްވަނީ ވަރަށް ފަރުވާތެރި ސިޔާސަތެކެވެ. އެ ބޭފުޅުން ބާރުއަޅުއްވަނީ، ކޮންމެ އެއްބަސްވުމެއްގައި ވެސް ނިއުކްލިއަރ ހަރަކާތްތައް ހިފެހެއްޓުމާ ގުޅޭ ކަންކަން ހިމެނެން ޖެހޭނެ ކަމަށެވެ. އެއީ މި މައްސަލައިގެ މައިގަނޑު އަސާސް ކަމުގައި އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

    ވައިޓް ހައުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިކަމުގައި އަދި ވަކި ފަހުގެ ނިންމުމެއް ނިންމާފައެއް ނުވެއެވެ. ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، ޓްރަމްޕް ބޭނުންފުޅުވާ ކަންކަން ވަރަށް ސާފުކޮށް ހާމަކޮށްފައިވާނެ ކަމަށާއި، އެ ކަންކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

    ކަނޑުއޮޅި ހުޅުވާލުމުގެ މައްސަލައަކީ ނިއުކްލިއަރ މަޝްވަރާތަކާ ގުޅުވަންޖެހޭ ކަމެއްތޯ ނުވަތަ ނޫންތޯ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއެކު، މަޝްވަރާތައް އަދިވެސް ކުރިއަށްދަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

    ]]>
    Tue, 28 Apr 2026 18:16:06 +0500 ނާއިރާ
    ހޮރްމުޒް ކަނޑުއޮޅީގައި މަރުގެ އޮއިވަރެއް އުފެދިދާނެ: އީރާން https://heerasnews.com/4073 https://heerasnews.com/4073 ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ހޮރްމުޒް ކަނޑުއޮޅީގައި "މަރުގެ އޮއިވަރެއް" އުފެދިދާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

    އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި ހިންގާ ކޮންމެ ދެކޮޅުވެރި އަމަލަކަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެ ގައުމުގެ އަތްދަށުގައި ކަމަށެވެ.

    އީރާނުގެ ފައުޖީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދުޝްމަނުންގެ ފަރާތުން ނުބައި ފިޔަވަޅެއް އެޅިއްޖެނަމަ، އެ ފަރާތްތަކަށް "މަރުގެ އެނބުރުމެއްގެ" ތެރެއަށް ވަދެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މި އިންޒާރު ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ހުރަސްތަކެއް ކުރިމަތިކުރުމަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ.

    އީރާނުން ބުނެފައިވާ ގޮތުގައި، ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމުގެ އަތްދަށުގައި އޮތް ނަމަވެސް، ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ދަށުން އާންމު އުޅަނދުފަހަރަށް އަމާންކަމާއެކު ދަތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް، އެ ސަރަހައްދަށް ގާތްވާ އަސްކަރީ މަނަވަރުތަކާ މެދު އަމަލުކުރާނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފު އަމަލެއްގެ ގޮތުގައެވެ.

    މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އަދި އިސްރާއީލާ އެކު ކުރިމަތިވި ހަމަނުޖެހުންތަކަށްފަހު، އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

    ދާދި ފަހުން ދެ ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއި އެމެރިކާއާ ދެމެދު ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން މަސްރަހު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ.

    ]]>
    Mon, 13 Apr 2026 13:02:16 +0500 ނާއިރާ
    ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީފިނަމަ ސުންނާފަތިކޮށްލާނަން: ޓްރަމްޕް https://heerasnews.com/4071 https://heerasnews.com/4071 ހޮރުމުޒް ކަނޑުއޮޅިން ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދުތަކެއް އެމެރިކާގެ ކަނޑުގެ ސިފައިން ހުއްޓުވަން ނުވަތަ "ބްލޮކޭޑް" ކުރަން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

    ޓްރޫތް ސޯޝަލްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ބޭއްވުނު ބައްދަލުވުންތައް ދިޔައީ ރަނގަޅަށް ކަމަށާއި، ގިނަ ކަންތައްތަކަކަށް އެއްބަސްވެވުނު ކަމަށެވެ. ނަމަވެސް އެންމެ މުހިންމު ކަންތައް ކަމުގައިވާ ނިއުކްލިއާ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

    މިނިވަންކަމާއެކު ކަނޑު ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން ކޮންމެވެސް ހިސާބަކުން އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އީރާނުން އެކަމަށް ހުރަސްއަޅަމުން ދަނީ، އެ ގައުމަށް ނޫނީ ނޭނގޭ "މައިންތަކެއް" ކަނޑުގެ ކޮންމެވެސް ހިސާބެއްގައި ހުރެދާނެ ކަމަށް ބުނެ ބިރުދައްކައިގެން ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.

    ހަމަ އެ ޕޯސްޓުގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރާއިރު އީރާނަށް ފައިސާ (ޓޯލް) ދައްކާ ކޮންމެ އުޅަނދެއް ހޯދައި ހުއްޓުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް މިހާރު އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި އީރާނުން ކަނޑުއޮޅިތަކުގައި އަޅާފައިވާ މައިންތައް ނައްތާލުމުގެ މަސައްކަތްވެސް އެމެރިކާގެ އަސްކަރިއްޔާއިން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

    "ގައިރު ގާނޫނީ ގޮތެއްގައި އީރާނަށް ފައިސާ ދައްކާ އެއްވެސް ފަރާތަކަށް ކަނޑުމަތީގެ ރައްކާތެރިކަމެއް ނޯންނާނެ،" ޓްރަމްޕް އިންޒާރު ދެއްވިއެވެ. މީގެ އިތުރުން، އެމެރިކާގެ ސިފައިންނަށް ނުވަތަ އަމާންކަމާއެކު ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދީފިނަމަ، އެ ފަރާތްތައް އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    ޓްރަމްޕްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މި ބްލޮކޭޑް ނުވަތަ ހުރަސްއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

    ]]>
    Mon, 13 Apr 2026 11:47:48 +0500 ނާއިރާ
    އުމުރާވެރިންނަށް ސައޫދީ ސަރުކާރުގެ ހާއްސަ އިރުޝާދުތަކެއް https://heerasnews.com/3995 https://heerasnews.com/3995 އުމްރާގެ އަޅުކަން ނިންމުމަށްފަހު އެނބުރި ފުރާ އުމްރާވެރިންގެ ދަތުރުފަތުރުގެ ކަންކަން ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ އިރުޝާދުތަކެއް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން، އިއުލާނުކޮށްފިއެވެ.

    ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތަކަކީ އުމްރާ މޫސުން ނިމުމަކަށް އަންނައިރު، އެކި ބަނދަރުތަކާއި އެއަރޕޯޓްތަކުގައި މީހުން ދަތުރުފަތުރުކުރުމުގައި ދިމާވެދާނެ ތޮއްޖެހުން ކުޑަކޮށް، އޮމާންކަމާއެކު ދަތުރުތައް ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅުތަކެކެވެ.

    އެއަރޕޯޓްތަކާއި އެއަރލައިންތަކުން ނެރޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ސަމާލުވުމަށާއި، އެއަރޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްގެ ހާލަތު ޔަގީންކުރުމަށް ދަތުރުވެރިންނަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

    ފުރުމުގެ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށްޓަކައި، އެއަރލައިންތަކާއި އުމްރާ ގްރޫޕްތަކާ ގުޅިގެން ފުރުމަށް ހަމަޖެހިފައިވާ ރަސްމީ ގަޑިތައް ކަށަވަރުކުރުމަށް ވެސް މިނިސްޓްރީން ބާރުއަޅާފައިވެއެވެ.

    މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދަތުރަށް ކުރިއާލާ ތައްޔާރުވުމާއި، ފޮށިތަންމަތި ކުރިން ތަރުތީބުކުރުމާއި، އަދި އެއަރލައިންތަކުން ފޮށިތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ ގަވާއިދުތައް ބެލުމަކީ، ފުރުމުގެ ކަންކަން ލަސްވުމެއްނެތި ފަސޭހަކަމާއެކު ނިންމާލުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

    އަދި އުމްރާވެރިން އެނބުރި ދާއިރު ޒަމްޒަމް ފެން ގެންދެވޭނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ، އެއަރޕޯޓުގައި ޒަމްޒަމް ފެން ވިއްކުމަށް ހާއްސަކޮށްފައިވާ ތަންތަނުން ފެންފުޅި ގަތުމާއި، ފުޅިތައް ރަނގަޅަށް ބަންދުކޮށްފައި ހުރުމާއި، އަދި ކޮންމެ މީހަކަށް ވެސް ގެންދެވޭނީ ގިނަވެގެން ފަސް ލީޓަރުގެ ފުޅިއެއް ކަމަށް ކަނޑައެޅުން ހިމެނެއެވެ.

    ]]>
    Wed, 25 Mar 2026 08:59:02 +0500 ނާއިރާ
    އެއް އާއިލާއެއްގެ ދެކުދިން ޝަހީދުކޮށްލައިފި https://heerasnews.com/3825 https://heerasnews.com/3825 ޣައްޒާގެ އުތުރުގައި އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ. މިއީ ހަމާސްއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވި ކަމަށް ބުނާ އިތުރު ހާދިސާއެކެވެ.

    މި ހަމަލާ ދީފައިވަނީ ކަމާލް އަދުވާން ހޮސްޕިޓަލް ކައިރިން އާންމުން ތަކެއް ދަރު ހޮވަން އުޅެނިކޮށެވެ. އާންމުންނަށް މިފަދަ ނުރައްކާތެރި ހާލަތަކަށް ކުރިމަތިލާން ޖެހިފައިވަނީ ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ފިނި މޫސުމުގެ ގަދަ ފިނީގައި ހޫނުކަން ހޯދާނެ އެހެން ގޮތެއް ނެތުމުގެ ސަބަބުންނެވެ.

    ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުން މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު، އިސްރާއީލުން ދަނީ އިންސާނީ އެހީގެ ސާމާނާއި، ފޭލިގެ އަދި އިމާރާތްތައް މަރާމާތުކުރަން ބޭނުންވާ ތަކެތި އެތެރެކުރުމަށް ހުރަސްއަޅަމުންނެވެ.

    އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލީގޮތުން ފެށުނު ފަހުން، އިސްރާއީލުން އެތައް ސަތޭކަ ފަހަރަކު އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 11 އިން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 481 މީހުން ޝަހީދުވެ، 1,206 މީހުން ވަނީ ޒަޚަމްވެފައެވެ.

    އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޖުމްލަ 71,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، މި ފިނި މޫސުމުގައި ގަދަ ފިނީގެ ސަބަބުން މަރުވި ކުޑަކުދިންގެ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ.

    ހަމަ އެއާއެކު، އެމެރިކާގެ މަންދޫބުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކޮށް ޣައްޒާގެ މަސްލަހަތާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އެމެރިކާއިން ވަނީ ޣައްޒާ އަލުން އާބާދުކުރުމަށް "ނިއު ޣައްޒާ" ގެ ނަމުގައި މަޝްރޫއެއް ހުށަހަޅާފައެވެ.

    މިއީ އިސްރާއީލުން އެއްބަސްވުންތަކާ ޚިލާފުވަމުންދާ ދަނޑިވަޅެއްގައިވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.

    ]]>
    Mon, 26 Jan 2026 17:08:14 +0500 ނާއިރާ
    ދޯހާ ޑިކްލެރޭޝަން ފާސް ކުރެވުނުކަމީ ލިބުނު ޝަރަފެއް: ޝާހިދު https://heerasnews.com/3731 https://heerasnews.com/3731 ދޯހާގައި ބޭއްވުނު އ.ދ.ގެ އާންމު މަޖިލީހުގެ ރައީސުންގެ ބައްދަލުވުމުގައި، އެހެނިހެން ރައީސުންނާ އެކު ބައިވެރިވެ، ދޯހާ ޑިކްލެރޭޝަން ފާސް ކުރެވުނުކަމީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. މަލްޓިލެޓަރަލިޒަމްގެ މައްސަލަތައް އިތުރުވެ، އެކަމުގެ ސަބަބުން އ.ދ.ގެ ދައުރު މަސްރަހުން ބޭރުވަމުންދާތީ، ވަރަށް ބޮޑު ކަންބޮޑުވުމެއް ދޯހާ ފޯރަމުގައި ފާޅުކުރެއްވި ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.

    އ.ދ.އަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ކުރިންވެސް ގޮވާލާފައިވާ ގޮވާލުން ދޯހާފޯރަމްގައި އޮނަރަބަލް ޝާހިދު އަލުން ތަކުރާރުކުރެއްވިއެވެ. ކުރިއަށް އޮތް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ހޮވުމުގައި، ހާމަކަންބޮޑު، ޑިމޮކްރެޓިކް އަދި އެންމެން ބައިވެރިވާނެ ގޮތެއް ބޭނުންވާކަންވެސް އޮނަރަބަލް ޝާހިދުމެން ފާހަގަކުރެއްވިއެވެ.

    މަޝްވަރާތަކާއި އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމުގެ އަޒުމާއެކު، ލީޑަރުންނާއި، ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނޭނގޭ ހާލަތެއްގައި، ދޯހާ ފޯރަމްގެ ބައިވެރިންނާ ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުއްލާ ޝާހިދު ބައިވެރިވެ ވަޑައިގެން މެންބަރު ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސިވިލް ސޮސައިޓީގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިކަން ކުރިއަށް ގެންދަން ޖެހޭނެކަމަށްވެސް ބަޔާންކުރެއްވިއެވެ.

    ދޯހާ ފޯރަމްގައި މަޝްވަރާތައް ކުރެވުނީ މައިގަނޑު މައުލޫއަކަށް "އަމަލީގޮތުން އަދުލުވެރިކަން: ވައުދުތަކުން ކުރިއެރުމަށް" އަމާޒު ހިފައިގެންނެވެ. ދޯހާފޯރަމްގެ މަޝްވަރާތަކުން، އުސޫލުތަކަށް ބިނާވެފައިވާ ސިޔާސީ ގުޅުންތަކުގެ މުހިންމުކަމާއި، ހުރިހާ ފަރާތްތަކެއް ހިމެނޭ ބައިނަލްއަގްވާމީ އަސަރުގަދަ ގުޅުންތައް ބޭނުންވާކަން އަލުން ކަށަވަރުކޮށްދިނެވެ.

    ދޯހާފޯރަމްގެ ފުރުސަތު ފަހިކޮށްދިނުމުގައި ގަތަރު ސަރުކާރުން ދެއްވި ހޫނު މެހެމާންދާރީއާއި، ދުނިޔޭގެ މުޖުތަމައަށް ދެމުންގެންދާ ބޮޑު އެއްބާރުލުމަށް އޮނަރަބަލަް އަބްދުއްލާ ޝާހިދު ޝުކުރު ދެންނެވިއެވެ.

    ]]>
    Mon, 08 Dec 2025 10:09:20 +0500 އެޑިޓަރ
    ޑަބްލިޔުއެޗްއޯ އިން އެމެރިކާ ވަކިވުން: ދެންވާނީ ކިހިނެއް! https://heerasnews.com/3078 https://heerasnews.com/3078 ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެމެރިކާ ވަކިވުމަކީ ގިނަބައެއްގެ ކަންބޮޑުވުމެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ސައިންޓިސްޓުންނާއި ރިޗާޗަރުން އިންތިހާއަށް އެކަން ބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. ރައީސް ޓްރަމްޕްގެ އެނިންމެވުމަކީ އަނބުރާ އިޔާދަކުރައްވަން ޖެހޭ ނިންމެވުމެއް ކަމަށްދެކޭ މީހުން މަދެއް ނޫނެވެ.

    ރެފިއުޖީސް އިންޓަނޭޝަނަލްގެ ރައީސް އަދި ހުޅަނގު އެފްރިކާގައި އީބޯލާ ފެތުރުނު ދުވަސްވަރު ޑަބްލިއު.އެޗް.އޯ އަށް ލަފާދިން ޖެރެމީ ކޮނިންޑިކް ވިދާޅުވާ ގޮތުގައި އެމެރިކާއިން ފައިސާ ނުލިބުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ޑަބްލިއު.އެޗް.އޯގެ ގާބިލުކަން ނެތިގެން ދާނެއެވެ. 

    ދުނިޔޭގެ ނަން މަޝްހޫރު ޕްރޮފެސަރުންނާއި އާންމު ސިއްހަތުގެ މާހިރުންގެ ގްރޫޕަކުން ބްރިޓިޝް މެޑިކަލް ޖާނަލްގައި ލިޔުއްވާފައިވަނީ ޑަބްލިއު.އެޗް.އޯ އިން އެމެރިކާ ވަކިވުމަކީ "އުފެދެމުންދާ ދުނިޔޭގެ ސިއްހީ ހަލަބޮލިކަމެއް" ކަމަށެވެ.

    ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދާއި ދުނިޔޭގެ އެންމެ އިސް އާންމު ސިއްހަތުގެ މުއައްސަސާއާ ދެމެދު ގުޅުން ކެނޑުމަކީ ސިއްހީ ޑިޕްލޮމަސީއާއި ސައިންޓިފިކް އެއްބާރުލުމާއި އަދި ފަންޑުކުރުމަށް ކުރިމަތިވާ ބޮޑު ފަހަތަށް ޖެހުމެއް ކަމަށް ޕްރޮފެސަރުން ވިދާޅުވިއެވެ. "މީގެ ނޭދެވޭ އަސަރު ގައުމުތަކުގެ ސަރަހައްދުތައް ހުރަސްކޮށް ފެތުރިގެންދާނެ ކަމަށާއި ދުނިޔޭގެ ސިއްހީ ގޮންޖެހުންތަކަށް އެއްބައިވަންތަކަން ބޭނުންވާ ވަގުތެއްގައި ޑަބްލިއު.އެޗް.އޯ ބަލިކަށިވެ އެމެރިކާ އެކަހެރި ވެގެންދާނެކަމަށް އެ ޕްރޮފިސަރުން ވިދާޅުވެއެވެ.

    ޕްރޮފެސަރުން ލިޔުއްވާފައިވާ ގޮތުގައި ޑަބްލިއު.އެޗް.އޯ އަށް ވަނީ ބަލިމަޑުކަން ފެތުރުމުގެ އިޖާބާތައް ވިލަރެސްކުރުމަށާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމުތައް އެއްތަނަކަށް ގެނައުމުގެ ގާބިލުކަން ލިބިފައެވެ. ޑަބްލިޔުއެޗްއޯގެ މެންބަރަކަށްވުމުގެ ފައިދާތަކުގެ ތެރޭގައި ބަލިތައް ދެނެގަތުމާއި، ސިއްހީ ނިޒާމު ވަރުގަދަކުރުމާއި އަދި ސިއްހީ ޑިޕްލޮމަސީ ހިމެނޭ ކަމަށް ޕްރޮފެސަރުން ވިދާޅުވިއެވެ.

    ޕްރޮފެސަރުން ވިދާޅުވި ގޮތުގައި ޑަބްލިއު.އެޗް.އޯ އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާއިން ވަނީ އެއިޑްސް، ޓީބީ އަދި މެލޭރިއާއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށާއި، ބަލިމަޑުކަމަށް ތައްޔާރުވުމުގެ ޕްލޭންތައް އެކުލަވާލުމަށާއި، އަދި މައިންނާއި ކުޑަކުދިންގެ ސިއްހަތު ރަނގަޅުކުރުމަށް އެހީތެރިވެފައެވެ.

    އެމެރިކާ ޑަބްލިޔުއެޗްއީ އިން ވަކިވުމުން އަސަރުކުރަނީ ހަމައެކަނި ޑަބްލިޔު.އެޗް.އޯގެ މާލީ ކަންކަމާއި ޕްރޮގްރާމްތަކަށް އެކަންޏެއް ނޫނެވެ. އެމެރިކާގެ ނުފޫޒާއި ދުނިޔޭގައި އޮތް މަގާމަށްވެސް އަސަރުކުރާނެކަމަށް ވިދާޅުވާ ތަޖުރިބާ ކާރުން މަދެއް ނޫނެވެ. 

    ވަރަށް ގިނަ ޕްރޮފެސަރުން ވިދާޅުވި ގޮތުގައި އާންމު ސިއްހަތާ ގުޅޭ ޖަމްއިއްޔާތަކާއި ދިރާސާކުރާ ފަރާތްތަކުން ދުނިޔޭގެ ސިއްހީ ޖަމްއިއްޔާ ދިފާއުކުރަން ޖެހެއެވެ. އަދި ސައިންސްގެ މައުލޫމާތު ބަދަލުކުރުމަށް ރަސްމީ ނޫން ގޮތްތައްވެސް ބަލަން ޖެހެއެވެ. އެހެން އެކަން ކުރަންޖެހެނީ ދުނިޔޭގެ ސިއްހީ ޖަމްއިއްޔާއިން ކުރާ ހުރިހާ މަސައްކަތެއް އެހެން އެއްވެސް ޖަމްއިއްޔާއަކުން ނުކުރެވޭތީ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

    ރައީސް ޓްރަމްޕް ފުރަތަމަ ފަހަރަށް ދުނިޔޭގެ ސިއްހީ ޖަމްއިއްޔާއިން ނުކުތުމަށް މަސައްކަތްކުރެއްވިއިރު އެކަމުގެ ސަބަބުން އުފެދުނު މާލީ ދަތިކަން ފޫބެއްދުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން އެހީތެރިވިއެވެ. ނަމަވެސް މިހާރުގެ ސިޔާސީ ހާލަތުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތް ފަދަ އިސް އެހީތެރިންނަށް މިކަން ކުރުމަކީ ގޮންޖެހުމަކަށް ވެފައިވާކަމަށް ތަޖުރިބާ ކާރުން ދެކެއެވެ. 

    ދުނިޔޭގެ ސިއްހީ ޖަމްއިއްޔާއަށް އިސްލާހުތަކެއް ބޭނުންވާކަމާއި، ކޮވިޑް-19 އާ ގުޅޭ ބައެއް ކަންކަން އެޖަމްއިއްޔާއިން ރަނގަޅަށް ބަލަހައްޓާފައި ނުވާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވާ ތަޖުރިބާކާރުން ވެސް ވިދާޅުވަނީ ގޮތުގައި އެޖަމްއިއްޔާއިން އެމެރިކާ ނުކުތުމުގެ ސަބަބުން އެމެރިކާއަށް އެޖަމްއިއްޔާގައި ބަދަލުތަކެއް ގެނައުމަށް އޮތް ބާރު ގެއްލިގެންދާނެ ކަމަށެވެ. 

    ހުރިހާ އުނިކަމަކާއެކުވެސް ދުނިޔޭގެ ސިއްހީ ޖަމްއިއްޔާއަކީ ވަރަށް މުހިންމު ވިލަރެސްކުރުމާއި އެއްބާރުލުން ދިނުމުގެ ވަސީލަތެއް ކަމަށެވެ. ހާއްސަކޮށް ދަށް އަދި މެދުމިންވަރުގެ އާމްދަނީ ލިބޭ ގައުމުތަކުގައި އެ ޖަމްއިއްޔާއިން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އެ ޖަމްއިއްޔާގެ މަސްއޫލިއްޔަތުތަކާއި ހުދޫދުތައް ރަނގަޅަށް ކަނޑައަޅައިގެން އެ ދައުރު އަދާކުރުމުގައި ވަރަށް ފުރިހަމައަށް މަސައްކަތް އަދިވެސް ކުރެވިދާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

    ދުނިޔޭގެ ސިއްހީ ޖަމްއިއްޔާއިން އެމެރިކާ ވަކިވުމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކާއި، އެކަން ހައްލުކުރެވިދާނެ ގޮތްތަކާއި، އެކި ފަރާތްތަކުން މިކަމާ ގުޅޭގޮތުން ދެކޭގޮތަށް ވިސްނާލުމުން ރައީސް ޓްރަމްޕްގެ އެ ނިންމެވުމަކީ ރަނގަޅުނޫން އަނބުރާ އިޔާދަކުރައްވަންޖެހޭ ނިންމެވުމެއް ކަމަށް ގަބޫލުކުރެވެއެވެ.       

    ]]>
    Wed, 22 Jan 2025 16:05:50 +0500 އެޑިޓަރ
    އަންހެނުންނާ ފިރިހެނުން ނޫން ޖިންސެއް ނޯންނާނެ: ޓްރަމްޕް https://heerasnews.com/3076 https://heerasnews.com/3076 އެމެރިކާގެ 47 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އަމުރަކުން އެމެރިކާ ގަބޫލުކުރާނީ ދެ ޖިންސު ކަމަށް ކަނދައަޅުއްވައިފިއެވެ. އެމެރިކާ ގަބޫލުކުރަނީ ފިރިހެނުންނާއި އަންހެނުން އެކަނި ކަމަށް ޓްރަމްޕްގެ ރިޔާސީ އަމުރުގައި ބުނެފައިވެއެވެ. އެނޫން ޖިންސުތަކަކީ ދެކޮޅުނުޖެހޭ ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ޖިންސްތަކެއް ކަމަށް ރިޔާސީ އަމުރުގައި ބަޔާންކުރެއެވެ. 

    މީގެކުރިން އެމެރިކާއިން ބަލައިގެންފައިވާ އަންހެން ފިރިހެން ހެދުމާ ޖިންސް ބަދަލުކުރުން ހުއްދަވުމުގެ ސިޔާސަތުތަކާއި ގުޅިގެން ރިޔާސީ މި އަމުރުގެ ސަބަބުން ސަރުކާރުގެ މުއާމަލާތްތަކާއި، މަދަނީ ހައްގުތަކުގެ ހިމާޔަތްތަކާއި އަދި ފެޑެރަލް ފަންޑިންގ އާއި ގުޅޭގޮތުން ޓްރާންސްޖެންޑަރުންނާ ގުޅޭ ސިޔާސަތުތަކަށް އަސަރުކުރާނެއެވެ. މީގެ އިތުރުން ޖަލުތަކަށްވެސް އަސަރުކުރާނެއެވެ. މި އަމުރުގެ ސަބަބުން ޕާސްޕޯޓާއި ވީޒާ ފަދަ ރަސްމީ ލިޔެކިޔުންތަކަށްވެސް އަސަރު ކުރާނެއެވެ.

    ރިޔާސީ މިއަމުރުގެ ދަށުން ރައީސް ޓްރަމްޕް ވަނީ ޖިންސީ ތަފާތު ނަޒަރިއްޔާތަކަށް ތާއީދުކުރާ ނުވަތަ ކުރިއަރުވާ ހުރިހާ ސަރުކާރުގެ ޕްރޮގްރާމްތަކާއި، ސިޔާސަތުތަކާއި، ބަޔާންތަކާއި އަދި މުއާމަލާތްތައް ހުއްޓާލާފައެވެ.

    ވަކި އެހެން ރިޔާސީ އަމުރެއްގައި، ރައީސް ޓްރަމްޕް ވަނީ ފެޑެރަލް ސަރުކާރުގެ ތެރޭގައި ހިންގާ ހުރިހާ ތަފާތުކަމާއި، ހަމަހަމަކަމާއި، ހިމެނުން އެކުލެވޭ ޑީ.އީ.އައި ޕްރޮގްރާމްތައް ހުއްޓާލާފައެވެ. މިބުނާ ރިޔާސީ އަމުރަށް ކިޔަނީ "ހައްދުފަހަނައަޅާފައިވާ އަދި އިސްރާފުވާ ސަރުކާރުގެ ޑީ.އީ.އައި ޕްރޮގްރާމްތަކާއި އިސްކަންދިނުންތައް ނިމުމަކަށް ގެނައުން" އެވެ. އެ ރިޔާސީ އަމުރުގައި ހުރިހާ ފެޑެރަލް އޭޖެންސީތަކާއި ފެޑެރަލް ގްރާންޓްތައް ލިބޭ ނުވަތަ ފެޑެރަލް ކޮންޓްރެކްޓްތައް އޮންނަ ފަރާތްތައްވެސް ހިމެނެއެވެ.   

    ]]>
    Tue, 21 Jan 2025 14:47:35 +0500 އެޑިޓަރ
    ޓިކްޓޮކް މަނާކުރުން ލަސްކުރުމުގެ އަމުރެއްނެރެފި! https://heerasnews.com/3075 https://heerasnews.com/3075 ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި ހުވާކުރެއްވުމަށްފަހު ގިނަ އަދަދެއްގެ ރިޔާސީ އަމުރުތަކެއް ނެރުއްވައިފިއެވެ. ރައީސް ކަމަށް ހުވާކުރެއްވުމަށް ފަހު ރައީސް ޓްރަމްޕް އަވަސްވެވަޑައިގަތީ ސިޔާސަތުތަކާ ގުޅޭ ގިނަ ކަންތައްތަކެއްގައި ރިޔާސީ އަމުރުތަކާއި، ރިޔާސީ މެމޮރަންޑަމްތަކުގައި ސޮއިކުރެއްވުމަށެވެ.

    އެމެރިކާގައި ރިޔާސީ އަމުރުތަކަކީ ގާނޫނުގެ ބާރު ލިބިގެންވާ އެއްޗެކެވެ. ނަމަވެސް، ފަހުން އަންނަ ރައީސުންނަށް ނުވަތަ ކޯޓުތަކަށް އެ އަމުރުތައް ބާތިލުކުރެވިދާނެއެވެ.

    ޓްރަމްޕް ހުވާކުރެއްވުމަށްފަހު މަދު ގަޑިކޮޅެއްގެ ތެރޭގައި ބަދަލުކުރެއްވި ގިނަ ސިޔާސަތުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ޓިކްޓޮކާއި ގުޅިގެން ނެރުއްވި ރިޔާސީ އަމުރެވެ. 

    ޗައިނާއަށް ނިސްބަތްވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް މަނާކުރުމުގެ ގާނޫނު ތަންފީޒުކުރުން 75 ދުވަހަށް ފަސްކުރުމަށް ރައީސް ޓްރަމްޕްވަނީ އަމުރު ކުރައްވާފައެވެ.

    ޓްރަމްޕް ހުވާކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރީން ޓިކްޓޮކްގެ ހިދުމަތް އެމެރިކާގައި ހުއްޓާލިނަމަވެސް އެމެރިކާގައި ޓިކްޓޮކްގެ ހިދުމަޓް ވަނީ އަލުން ފަށާފައެވެ. ޓްރަމްޕްގެ ނިންމެވުމަށް ޓިކްޓޮކްއިން މިހާރުވަނީ މަރުޙަބާވެސް ކިޔާފައިވެއެވެ.

    ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ނެރުއްވި ރިޔާސީ އަމުރުގެ ސަބަބުން ޓިކްޓޮކްގެ މައި ކުންފުންޏަށް އެމެރިކާގެ ބައިވެރިވުން ހޯދުމަށް އިތުރު ވަގުތު ލިބޭނެ ކަމަށެވެ. ޓިކްޓޮކާ ގުޅީގެން ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރުގެ ތަފްޞީލުތައް އަދި އެހާ ސާފެއް ނޫނެވެ.

    އަމުރުގެ މުއްދަތުގެ ތެރޭގައި އެހިދުމަތުން ވިޔަފާރި ވިޔަފާރި ހޯދުން ނުވަތަ ހިދުމަތް ބަންދު ކުރުމުގެ ހައްގު އެމެރިކާއަށް ލިބެދޭނެކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއެވެ. 

    ކުރިން ރައީސް ޓްރަމްޕްވެސް ތާއީދު ކުރައްވާފައިވަނީ ޓިކްޓޮކް މަނާކުރުމަށެވެ. ނަމަވެސް، ޓްރަމްޕްގެ ކެމްޕޭން ވީޑިއޯތަކަށް ބިލިއަނުން ގުނާލެވޭ ވަރަށް މީހުން ބަލާފައިވާތީ، ނިންމުން ބަދަލުކުރެއްވި ކަމަށް ބެލެވެއެވެ.

    ]]>
    Tue, 21 Jan 2025 13:45:43 +0500 އެޑިޓަރ
    މިނިކާ ރާއްޖެ: ދުނިޔޭގެ އެންމެ ބިރުވެރި ރަށް https://heerasnews.com/2831 https://heerasnews.com/2831 ގިނަ ދަތުރުވެރިންގެ ހުވަފެނަކީ އެކަހެރި ރަށެއްގައި ޓްރޮޕިކަލް ޗުއްޓީއެއް ހޭދަކުރުމެވެ. ހުދު ވެލިގަނޑު އޮންނަ ގޮނޑުދޮށެއްގައި އަރާމުކޮށްލައިގެން، ކޮކްޓެއިލް ބުއިމެއް ހިފައިގެން ސާފު ކަނޑުގެ މަންޒަރު ބަލަން ތިބުމަށް ލޯބި ނުކުރާނީ ކާކުހެއްޔެވެ. މިގޮތުން ގިނަ މީހުންގެ ހިތަށް އަންނަނީ ދިވެހިރާއްޖެއާއި ސީޝެލްސްއާއި މޮރީޝަސް ފަދަ ތަންތަނެވެ.

    އެހެން ނަމަވެސް އެފަދަ އެހެން ތަނެއް އިންޑިއާ ކަނޑުގައި އެބައޮތެވެ. އެތާނގެ ގުދުރަތީ ވެށި އޮންނަނީ ބައިނަލް އަގުވާމީ ގޮތުން ރައްކާތެރިކޮށްފައެވެ. އެރަށަކީ މީހުން ގޮސްއުޅުން މަނާކޮށްފައިވާ އޮންނަ ރަށެކެވެ. އެހެން ކަމުން އެތަނަށް ދިއުމަށް ރިސްކު ނަގާކަށް މީހުނެއް ނޫޅެއެވެ. އެރަށަކީ ނޯތު ސެންޓިނެލް އައިލެންޑްއެވެ. އެހެން ނޫނަސް ނޯތު ސެންޓިނެލް އައިލެންޑަށް ދިއުމަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ.

    ޑްރޯން ފޮޓޯ: ނޯތު ސެންޓިނެލް އައިލެންޑުގެ ރަށްވެހިން

    އަންޑަމާންގެ 572 ޖަޒީރާގެ ތެރެއިން އެއް ޖަޒީރާ ކަމުގައިވާ ނޯތު ސެންޓިނެލް އައިލެންޑުގައި ދިރިއުޅޭނީ ވަރަށް މަދުބައެކެވެ. އެރަށުގެ އާބާދީއަކީ ކިހާވަރެއް ކަމެއްވެސް ޔަގީންކަމާއެކު އެނގޭނެ ގޮތެއް ނޯވެއެވެ. އެރަށުގައި އުޅެނީ އެރަށުގެ އަސްލު ރައްވެހިން އެކަންޏެވެ. ސެންޓިނެލީސް ގަބީލާގެ މީހުން ނޫން ބަޔަކަށް ހިދުކޮޅަކަށްވެސް އެރަށުގައި މަޑުކޮށްލުމަކަށް އެމީހުން ފުރުސަތެއް ނުދެއެވެ.

    ނޯތު ސެންޓިނެލް އައިލެންޑަކީ އިންޑިއާއިން ރައްކާތެރި ކުރެވިފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅާ މީހުން ދިޔުން މަނާކޮށްފައިވާ ރަށެކެވެ. ނޯތު ސެންޓިނެލް އައިލެންޑް އޮންނަނީ ބަންގާޅު ކަނޑުގައެވެ. ނޯތު ސެންޓިނެލް އައިލެންޑްއާއި އެންމެ ކައިރީގައިވާ ގައުމުތަކަކީ މިޔަންމާ އާއި ތައިލެންޑެވެ. ރަށް ހިންގަނީ އަމިއްލަ އިހުތިޔާރުގައި އެކަހެރިވެފައިވާ ގަބީލާއަކުންނެވެ. އެމީހުންނަކީ އެމީހުންގެ ސަރަޙައްދަށް ވަންނަ މީހުން އަނިޔާވެރިކަމާއެކު މަރާލުމަށް މަޝްހޫރު ބައެކެވެ. އެހެންކަމުން، މި ރަށުގެ ވަށައިގެން 5 ނޯޓިކަލް މޭލު (9.3 ކިލޯމީޓަރު) ގެ އެތެރެއަކީ މީހުން ވަނުން މަނާ ސަރަހައްދެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

    ދުނިޔޭގެ އެންމެ ނުރައްކާތެރި ގަބީލާ ކަމުގެ ލަގަބު ދެވިފައިވާ ސެންޓިނެލީޒުން މިތާނގައި ދިރިއުޅެމުން އަންނަތާ 60 ހާސް އަހަރު ވެއްޖެ ކަމަށް ލަފާ ކުރެވެއެވެ. ހޯދާބަލާ ބައެއް މާހިރުން އެކިދުވަސްވަރު އެތަނަށް ދިއުމަށް މަސައްކަތްކޮށްފައިވެއެވެ. ވަރަށް މަދު ބަޔަކު އަހަރުތަކެއް ވަންދެން މި މަނާ ސަރަޙައްދު ހުރަސްކޮށްފައި ވެސް ވެއެވެ. ގިނަ ފަހަރު އޭގެ ނަތީޖާއަކަށްވެފައިވަނީ މަރެވެ.

    އެންމެ ފަހުން އެ ރަށަށް ގާނޫނާ ހިލާފަށް ދަތުރެއް ކުރި މީހަކީ ކްރިސްޓިއަން ދީނަށް ގޮވާލުމުގައި އުޅުނު އެމެރިކާގެ މީހެއް ކަމުގައިވާ ޖޯން އެލަން ޗައު (26އ.) އެވެ. އެއީ 2018 ވަނަ އަހަރުއެވެ. މިޝަނަރީއަކުން ފޮނުވި ކްރިސްޓިއަން ވާއިޒު ރާވާފައިވަނީ ސެންޓިނެލީޒުންނާއެކު ދިރިއުޅެ އެމީހުންނަށް ކްރިސްޓިއަން ދީނަށް ގޮވާލުމަށެވެ. އެމީހުންގެ ބަހަކީ ބޭރުގެ އެއްވެސް މީހަކަށް ނޭނގޭ ގަބީލީ އަމިއްލަ ބަހަކަށްވުމާއެކު އެމީހުންނަށް އިނގިރޭސި ބަސް އެނގުމަކީ ވަރަށް ދުރު ކަމެކެވެ. އެހެން ނަމަވެސް 26 އަހަރުގެ ޖޯން އެ ރަށަށް އެކި ފަހަރު މަތިން ޒިޔާރަތް ކޮށްފައިވެއެވެ.

    ސެންޓިނެލް އަށް ދިޔުމަށް އޭނާ ދަނީ އަންޑަމާންގެ ވެރިރަށް ކަމުގައިވާ ޕޯޓް ބްލެއަރއަށެވެ. ފަތުރުވެރިއެއްގެ ވީޒާގައި ފަތުރުވެރިއެއްގެ ގޮތުގައެވެ. އެގޮތަށް އެރަށަށް ޒިޔާރަތް ކުރުމަށްފަހު އެތާނގެ މަސްވެރިންނަށް 400 ޑޮލަރު (301 ޕައުންޑް) ދީގެން ގާނޫނާއި ހިލާފަށް ނޯތު ސެންޓިނެލްއަށް ގެންގޮސްދޭން އެދިގެން އެ ރަށަށް ދަނީއެވެ. 

    އެކިފަހަރު ޖޯން އެ ރަށަށް އަރާ އެ ގަބީލާގެ މީހުންނަށް ހަދިޔާ ހުށަހަޅައި، އެމީހުންނާ މުއާމަލާތް ކުރަން މަސައްކަތްކުރި ނަމަވެސް އަދާވާތްތެރި ރައްދެއް ލިބުމާއި ގުޅިގެން އެނބުރި ދެއެވެ. އޭނާ ލިޔެފައިވާ ޑައިރީއެއްގައިވާ ގޮތުން، އޭނާ އެރަށަށް ދިޔަ ފަހަރެއްގައި ކުޑަކުއްޖަކު ލޮންސިއެއްގެ ތޫނު ކޮޅުން އޭނާ ހިފައިގެން ހުރި ބައިބަލްގައި ޖެހިއެވެ.

    އެންމެ ފަހުން ޖޯން އެ ރަށަށް ކުރި ދަތުރުގައި އެރަށަށް އެރުމަށް ދަތުރުކުރި އޮޑިން ފޭބީ ރަށުގެ އައްސޭރިއާ 700 މީޓަރު ދުރަށެވެ. ގޮވައިގެންދިޔަ މަސްވެރިންގެ ބަހާ ދެކޮޅަށް ޖޯން ކަނޑަށް ފޭބީ ފެނަށް ނުފޭދޭ ވައްތަރުގެ ބައިބަލްއެއް ހިފައިގެންނެވެ. ކަނޑަށް ފޭބުމަށްފަހު ގެންދިޔަ ކެނޯއެއްގައި އައްސޭރިއާ ދިމާއަށް ދަތުރު ކުރިއެވެ. އެއީ އޭނާ އަނބުރާ ނައި ދަތުރެވެ.

    އަންޑަމަންގެ މަސްވެރިން ބުނާ ގޮތުގައި އެ ގަބީލާގެ މީހުން އޭނާގެ ހަށިގަނޑު ދަމަމުން ގެންގޮސް ރަށުގެ އައްސޭރީގައި ވަޅުލިތަން އެ މަސްވެރިންނަށް ފެނުނެވެ. އިންޑިއާގެ އިދާރާތަކުން މަސައްކަތްކުރި ނަމަވެސް ޖޯންގެ ހަށިގަނޑު ލިބިފައެއް ނުވެއެވެ. ޖޯން ހޯދުމަށް އެ ރަށަށް ދިޔަ ތަހުގީގު ޓީމަށް ވެސް އެ ރަށު މީހުންގެ ފަރާތުން ނުރައްކާތެރި ކަންތައްތަކާއި ކުރިމަތިވެ ތަހުގީގުކުރުން ޖެހުނީ ހުއްޓާލާށެވެ. އެހެން ނަމަވެސް ޖޯންއަށް އެ ރަށަށް ދެވޭގޮތް ހަދައިދިން އަންޑަމަންގެ 07 މަސްވެރިން އެ މައްސަލައިގައި ހައްޔަރު ކުރިއެވެ.

    ނޯޓް: މި ލިޔުމުގައި ބުނެފައިވާ ނޯތު ސެންޓިނެލް އައިލެންޑްއަކީ އެވެލާ ޒަމާނުއްސުރެ ދިވެހިން ކިޔާއުޅޭ އަންޒަމާނުކަރަ (އަންޑަމަން އައިލެންޑްސް)ގެ މިނިކާރާއްޖެ ކަމުގައި ބެލެވެއެވެ. 

    ]]>
    Thu, 03 Oct 2024 13:33:01 +0500 އެޑިޓަރ
    ލެބަނާނުން ސިފަވަނީ ބިރުވެރި ފިލްމެއް https://heerasnews.com/2820 https://heerasnews.com/2820 ބޭރޫތުން ލަންޑަނަށް އިއްޔެ ދަތުރުކުރި ހަމައެކަނި ކޮމާޝަލް ފްލައިޓުގައި ހީތުރޯ އެއަރޕޯޓަށް ފޭބި އެކަކީ ވަލީދު އަސަފްއެވެ. ވަލީދުމެން ފުރައިގެން އައިއިރު ބޭރޫތުގައި ގޮވަމުން ދިޔަ ގޮވުންތައް ހަމަލޮލުން ދުއްޓެވެ. 

    "އެއީ ބިރުވެރި ކަމެއް. އެމީހުން (އިސްރާއީލުން) ދިޔައީ ބޭރޫތުގެ ހުރިހާ ތަނަކާއި ހުރިހާ އެއްޗަކަށް ބޮންއަޅާ ގޮއްވަމުން." ވަލީދު އަސަރާއެކު ކިޔާދިނެވެ. ވަލީދު ބުނި ގޮތުގައި އެއީ ހަނގުރާމައެއްކަން އެގެއެވެ. އެކަމަކު ނޭގެނީ އެއީ ކަކާ ދެކޮޅަށް ހަނގުރާމައެއް ކަމެވެ. އިޒްރޭލުން ހަނގުރާމަ ކުރަނީ މަގުމަތީގައި ތިބި އާއްމު ރައްޔިތުންނާ ދެކޮޅަށްތޯ އޭނާ ސުވާލު އުފެއްދިއެވެ. "އެއީ މުސީބާތެއް. އެމީހުން އެއާޕޯޓުގެ ބޭރުގައި ބޮން ގޮއްވަނީ. އެއީ ބިރުވެރި ފިލްމެއް ފަދަ ކަމެއް، ހަގީގަތުގައި ވެސް ބިރުވެރި ފިލްމެއް." ވަލީދު ސިފަކޮށް ދިނެވެ.

    ފިރިމީހާގެ ކަރުނަތައް ފޮހެލަމުން ވަލީދުއާ އެކު އިނގިރޭސިވިލާތުގައި ދިރިއުޅޭ ސޯފިއާ ބުނީ ލުބުނާނުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަނީ "ނަސްލު ނައްތާލުމެއް" ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ގޮވާލަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށެވެ.

    "ނަތަންޔާހޫ އެންމެ ފަހު ވަގުތު އިންޒާރެއް ދިން ނަމަވެސް އެއީ މީހުނަށް އެތަނުން ފައިބައިގެން ދިއުމަށް ފުދޭވަރުގެ ވަގުތު ލިބުނު ކަމެއް ނޫން،" ކަމަށް ސޯފިޔާ ބުންޏެވެ. "ދާންވީ ތަނެއް ވެސް ނުބުނޭ. ފަލަސްތީނުގެ ރައްޔިތުންނާ މެދު ކަންކުރާ ގޮތަށް ކަންތައް ކޮށްފައި. ތަން ދޫކޮށް ދާން ބުނި އިރު އެތަނުގައި ބޮން ގޮއްވަމުން ގެންދަނީ." ކަމަށް ސޯފިޔާ ކިޔާދިނެވެ. "މިއީ ދެން ކޮންކަމެއް؟ މިއީ ނަސްލު ނައްތާލުމެއް. އޭނާ [ނަތަންޔާހޫ] މަސައްކަތް ކުރަނީ ފަލަސްތީނާ އެއްގޮތަށް ލުބުނާނަށްވެސް ކަން ކުރަން" ކަމަށެވެ.

    " ބޭރޫތުގެ މީހުންނަށް ފުދޭވަރަކަށް އަނިޔާ ލިބިއްޖެ. އަހަންނަކީ އިނގިރޭސި އެއް، އަދި އަހަރެންނަށްވެސް ފުދޭވަރު ވެއްޖެ. އެކަން ހުއްޓާލަން ޖެހޭ. ދުނިޔޭގެ ލީޑަރުން އެކަން ހުއްޓުވަން ޖެހޭ" ސޯފިޔާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

    ބޭރޫތުން އައި ފްލައިޓްގެ އިންތިޒާރުގައި ހީތުރޯ އެއަރޕޯޓްގައި ރޯލާ ރާޒިކް އާއި އޭނާގެ ފިރިމީހާ ހުސެއިން ވެސް ތިއްބެވެ. އެމީހުން އެތިބީ ބޭރޫތުގައި ދިރިއުޅޭ ކޮއްކޮއަށް ޒިޔާރަތް ކުރި 80 އަހަރުގެ މަންމަ މައުނީރާގެ އިންތިޒާރުގައެވެ. ހީތުރޯ އެއަރޕޯޓުން މައުނިރާއަށް ދަރިފުޅާ ބައްދަލުވެވުމުން ޝުކުރުވެރި ކަމާއެކު ބުނީ " އަހަރެމެން ތިބީ ސަލާމަތުން" ކަމަށެވެ. ކަންބޮޑުވެ ހާސްވެފައިހުރި ރޯލާ ރާޒިކްއަށް ބުނެވުނީ "މިއީ ސިކުނޑި ފުނޑުފުނޑުކޮށްލާ، ވަރަށް ޖަޒުބާތީ، ވަރަށް ސްޓްރެސް ބޮޑު ކަމެއް. މުޅި ދިރިއުޅުން އެއް ފޮއްޓެއްގައި ޕެކް ކުރާނީ ކިހިނެއް ހެއްޔެވެ؟"

    އަނެއް އަންހެނަކު ކަމަށްވާ ސޮލަންގޭ ބުނީ އޭނާގެ 13 އަހަރުގެ ދަރިފުޅު އަލީގެ އިންތިޒާރުގައި ހުރި ކަމަށާއި ލުބުނާނުގައި ހިނގާ ކަންތައްތަކުގެ ސަބަބުން "ހަލާކުވެ، ރުޅިގަދަވެ، ހިތާމަކޮށް، މާޔޫސްވެ، އެއްވެސް އެހީތެރިކަމެއް ނެތް" ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. "އަހަރެމެން މިކަމާ ހަނގުރާމަ ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ، އަދި މިހާރު އަހަރެމެންގެ ދަރިން މިކަމާ ހަނގުރާމަ ކުރަމުންދަނީ. އަހަރެމެން ބިރުގަންނަނީ މާމަދަރިން ވެސް މިކަމާ ކުރިމަތިލާނެތީ" އެވެ.

    ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އިގިރޭސި މިކަހަލަ އެތައް އާއިލާއަކަށް ވޭނާ ކެކުޅުން ލިބޭއިރު ބޭރޫތުގެ އާއްމު ރައްޔިތުން ތިބޭނެ ހާލަތު ހިތްމައްޗަށް ގެންނަންވެސް ދައްޗެވެ. ހީތުރޯ އެއަރޕޯޓްގައި ހުރި އިގިރޭސި އެހެން ރައްޔިތަކު ބުނިގޮތުގައި ގައުމަކަށް ވީތީ އިނގިރޭސިވިލާތުގެ ސަރުކާރުން ވެސް ލުބުނާނުގެ އިންސާނީ ހާލަތަށް ރިއާޔަތްކޮށް އިޒްރޭލްގެ އަނިޔާވެރިކަން ހުއްޓުވުމަށް އެދޭކަމަށެވެ. 

    އިސްރާއީލުން ބުނަނީ ހިޒްބުއްލާގެ ކޮމާންޑަރުންނަށް އަމާޒުކޮށްގެން "ސީދާ" ހަމަލާތަކެއްގައި ލުބުނާނުގެ ދެކުނަށް ބޮން އަޅަމުންދާ ކަމަށެވެ. އެއީ 7 އޮކްޓޯބަރުގައި ހަމާސްއިން ދިން ހަމަލާތަކަށް ފަހު ބޯޑަރު ހުރަސްކޮށް ދިން ރޮކެޓް ހަމަލާތަކުގެ ރައްދުގެ ގޮތުގައި އެ ޖަމާއަތާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށެވެ.

    އިސްރާއީލުން އެއީ "ސީދާ" ހަމަލާއެއް ކަމަށް ފާހަގަކުރިއިރު، ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ މަދުވެގެން ހަ މީހަކު މަރުވެ 91 މީހަކު ޒަހަމް ވެފައިވާ ކަމަށެވެ. ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ޑެޕިއުޓީ ކޮމާންޑަރު އައްބާސް ނިލްފުރޫޝާން ވެސް މަރުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.

    ]]>
    Mon, 30 Sep 2024 10:47:40 +0500 އެޑިޓަރ
    ސޮކޮޓްރާ ޖަޒީރާ: ދުނިޔެމަތީ ތަނެއްނޫން! https://heerasnews.com/2777 https://heerasnews.com/2777 ޔަމަނުގެ ސޮކޮޓްރާ ޖަޒީރާއަކީ އެހެން ތަންތަނާ ތަފާތު ޖަޒީރާއެކެވެ. ޖަޒީރާގެ ގިނަ ގަސްގަހާގެއްސަކީ އެންޑެމިކް އެއްޗެހި ކަމުގައި ވާތީ މި ޕްލެނެޓްގެ އެހެން ތަނަކުން އެތަކެތި ނުފެނެއެވެ. ސޮކޮޓްރާ އައިލެންޑަށް ގިނައިން އޭލިއަން އައިލެންޑްގެ ނަމުން ނަން ދެވިފައިވަނީ މިކަމުގެ ސަބަބުންނެވެ.

    ސޮކޮޓްރާ ނުވަތަ ސަޤަތުރީ އަކީ އިންޑިއާ ކަނޑުގައި އޮންނަ ޔަމަނުގެ ޖަޒީރާއެކެވެ. ގުޑާފޫއީ ޗެނަލާއި އަރަބި ކަނޑާ ދެމެދުގައި އަދި ބޮޑެތި ބޯޓުފަހަރު ދަތުރުކުރާ މަގުތަކާ ކައިރީގައި އޮންނަ ސޮކޮޓްރާ އަކީ ސޮކޮޓްރާ ޖަޒީރާގެ ހަ ޖަޒީރާގެ ތެރެއިން އެންމެ ބޮޑު ޖަޒީރާ އެވެ. 

    ސޮކޮޓްރާ ޖަޒީރާއަކީ މުޅި ސޮކޮޓްރާ އާކިޕިލަޖީ ބިމުގެ ގާތްގަނޑަކަށް %95 ތަމްސީލުކުރާ ޖަޒީރާއެކެވެ. ސޮކޮޓްރާ އޮންނަނީ އަރަބި ބައްރުގެ ދެކުނުން 380 ކިލޯމީޓަރު (205 ނޯޓިކަލް މޭލު) ދުރުގައި ސޯމާލިއާގެ އިރުމަތީގައި 240 ކިލޯމީޓަރު (130 ނޯޓިކަލް މޭލު) ދުރުގައެވެ. ސޮކޮޓްރާއަކީ ޖިއޮގްރަފީގޮތުން އެފްރިކާގެ ބައެކެވެ.

    ސޮކްޓްރާ އަކީ އެކަހެރި އަދި ގިނަ އަދަދެއްގެ އެންޑެމިކް ސްޕީޝިސްތައް ދިރިއުޅޭ ޖަޒީރާއެކެވެ. އެތާނގެ ގަސްގަހާގެހީގެ ދިރިމުގެ ތިންބައިކުޅަ އެއްބަޔާ ގާތަށް ހުންނަނީ އެންޑެމިކް ގަސްގަހާގެއްސެވެ. ސޮކޮޓްރާއަކީ ދުނިޔޭގެ ބިމުގެ ދިރުމާ އެންމެ ބީރައްޓެހި ގޮތަކަށް ފެންނަ މުޅިދުނިޔޭންވެސް ފެންނަ ތަން ކަމަށް ސިފަވެއެވެ. ސޮކޮޓްރާ ޖަޒީރާގެ ދިގުމިނަކީ 132 ކިލޯމީޓަރު (82 މޭލު) އެވެ. އެންމެ ފުޅާމިނުގައި ހުންނަނީ 42 ކިލޯމީޓަރު (26 މޭލު) އެވެ. ސޮކޮޓްރާއަކީ ދުނިޔޭގެ ތަރިކައެއްގެ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ޔުނެސްކޯއިން ހަދާފައިވާ ރަށެކެވެ.  

    ސޮކޮޓްރާއަށް ވަނަމެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ "އޭލިއަން އައިލެންޑް" އެވެ. ސޮކޮޓްރާއަށް "އޭލިޔަން އައިލެންޑް"ގެ ނަމުން ނަން ލިބިފައިވަނީ އެތާނގެ  ގަސްގަހާގެހީގެ ދިރުމުގެ އާއދަޔާ ހިލާފުކަމުންނެވެ. ސޮކޮޓްރާގައި 825 ވައްތަރެއްގެ ގަސްގަހާގެހި ހުރެއެވެ. އޭގެ ތެރެއިން 307 ވައްތަރަކީ ހަމައެކަނި ސްކޮޓްރާއަށް ނިސްބަތްވާ ބާވަތްތަކެވެ. ސްކޮޓްރާ ނޫން އެހެން އެއްވެސް ތާކުން އެބާވަތުގެ ގަސް ގަހެއް ނުފެނެއެވެ.

    އާދަޔާ ހިލާފު އެހުރިހާ ގަހުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއްގަހަކީ "ޑްރެގަންސް ބްލަޑް ޓްރީ" އެވެ. ޑްރެގަންސް ބްލަޑް ޓްރީއަކީ ގަހުގެ އަފިތަކުގެ އެތެރޭގައި ހިނގަހިނގާ ހުންނަ ދިޔަ ލޭ ރަތްކުލައިގައި ހުންނަ ގަތާލެވިފައިވާ ހަތާގަޑެއްހެން ފެތުރިފައި އޮންނަ ހިޔާގަނޑެއް ފަދަ ގަހެކެވެ.

    ސޮކޮޓްރާއިން ފާހަގަ ކޮށްލެވޭ އާދަޔާ ހިލާފު އަނެއް ބާވަތެއްގެ ގަހަކީ "ބޮޓަލް ޓްރީ"އެވެ. ބޮޓަލް ޓްރީއަކީ ބޮޑު ބޮތްކެއް ނުވަތަ ފުޅިއެއްގެ ބައްޓަމަށް ހެދިފައި ހުންނަ ފިޔާތޮށި ކުލައިގެ މާއަޅާ ގަހެކެވެ. ހަމަ އެހެންމެ ހަނަފަސް ހާލަތަށް ހޭނިފައިވާ އެންޑަމިކް ކިއުކަންބާއާއި ސްކޮޓްރަން އަނބު ފާހަގަ ވެއެވެ. 

    ސޮކޮޓްރާގެ ޖަނަވާރު ތަކަކީވެސް އެތާނގެ ގަސްގަހާގެއްސާއި އެއްގޮތަށް ތަފާތު ޖަނަވާރު ތަކެކެވެ. މި ޖަޒީރާގައި ގިނަ ބާވަތްތަކެއް ޖަނަވާރު އުޅެއެވެ. ދިރުމެއް ހުރި ފިޔަތަކެއް ހުންނަ ސޮކޮޓްރާ ސަންބަރޑް އާއި ސޮކޮޓްރާ ސްޕަރޯ އަކީ މިތަނުން ފެންނަ ދޫނިތަކުގެ ކުޑަ މިސާލެކެވެ. ސޮކޮޓްރަން ޗެމެލިއަން އާއި އެތާނގެ ތަފާތު އިކޯސިސްޓަމަށް ހޭނިފައިވާ ބައެއް ވައްތަރުގެ ބޮނޑު ފަދަ ސޫފިތައް ވެސް އެ ޖަޒީރާގައި އުޅެއެވެ.

    ސޮކޮޓްރާގެ ޝައުގުވެރި ކަމަކީ ސޮކޮޓްރާގައި ދިވެހި ރާއްޖޭގައި އުޅޭ ޒާތުގެ ވާ ފިޔަވައި އެއްވެސް އެހެން ބާވަތެއްގެ ވާލެއް ނޫޅެއެވެ. ޝިކާރަކުރާ ބޮޑެތި ޖަނަވާރުތައް ނެތުމުން އެހެން ބާވަތްތަކުގެ ޖަނަވާރުތައް އާދަޔާ ހިލާފު ގޮތްގޮތަށް އުފެދުމުގެ ފުރުސަތު އެތަނުގައި ވަނީ ލިބިފައެވެ. ސޮކޮޓްރާ ޖަޒީރާގައި ވެލީގެ ގޮނޑުދޮށްތަކާއި ހިރިގަލުގެ ފުނިވަރުތައް ހުންނަ ތަފާތު ގުދުރަތީ މާހައުލު ތަކެއް އެރަށަށް ލިބިފައިވެއެވެ. ސޮކޮޓްރާގައ އެކި ބާވަތްތަކުގެ ޖަނަވާރުތަކަށް ތަފާތު ދިރިއުޅުމުގެ ހާލަތު ލިބިދެއެވެ. 

    ސޮކްޓރާގެ އެންމެ ބޮޑު އެއް ހޮހަޅަ ކަމުގައިވާ ހޮކް ހޮހަޅަ އެތައް މޭލު ދުރަށް ދެމިގެން ގޮސްފައިވެއެވެ. ސްކޮޓްރާގެ ޓޮޕޮގްރަފީ ސިފަވަނީ ވަރުގަދަ ފަރުބަދަތަކާއި ފުޅާ ހޮހަޅަތަކާއި ޓާކިޝް ފެންގަނޑަކަށް ދައުރުވާ ހުދު ވެލިގަނޑުތަކެއް އެކުލެވިގެންވާ ތަނެއް ގޮތަށެވެ. ސޮކޮޓްރާގެ ބިމުގެ މަންޒަރުތައް ފެންނަނީ އޭގެ ގަސް ގަހާ ގެއްސާއި ޖަނަވާރުތަކާ އެއްވަރަށް ދުނިޔެއާއި ބީރައްޓެހިކޮށެވެ. ސޮކޮޓްރާގެ އާދަޔާ ހިލާފުކަމުން އެތަން ސިފަ ވަނީ ހަގީގީ ދުނިޔެއަށް ވުރެ ބޮޑަށް ފުރިހަމަ ފެންޓަސީ ނޮވެލްއެއް ގޮތަށެވެ. 

    ނޯޓް: ސޮކޮޓްރާ އަށް އިހުޒަމާނުގައި ދިވެހިރާއްޖޭގައި ކިޔާ އުޅުނީ ސުއްކަތުރާ އެވެ.

    ]]>
    Sat, 14 Sep 2024 14:13:58 +0500 އެޑިޓަރ
    ފަލަސްތީނުން ގައުމީ އެއްބައިވަންތަކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރަނީ https://heerasnews.com/2632 https://heerasnews.com/2632 އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ހާން ޔޫނިސްގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 84 މީހުން ޝަހީދުވެ، 329 މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

    އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ގާޒާގެ 80 އިންސައްތައަށް ވުރެ ގިނަ ސަރަހައްދު ހުސްކުރުމަށް އަންގާފައެވެ. މި އަމުރާއި އެކު ރަހުމެއްނެތި ފަލަސްތީނުގެ މައުސޫމް ރައްޔިތުން ގަތުލް ކުރަމުންދާއިރު، އިޒްރޭލުން ކަނޑައަޅާފައިވާ "ނޯ ޒޯން" ގެ ދަށުން ފަލަސްތީނުގެ ރައްޔިތުން ތިބީ ދާނެތަނެއް ނެތިފައެވެ.

    ފަލަސްތީނުގެ ފެކްޝަންތަކުން މިހާރުވަނީ ގާއްޒާގެ ކޮންޓްރޯލް ދެމެހެއްޓުމަށް އަމާޒު ހިފާފައެވެ. އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ކުރިއަށް ގެންދާ 9 މަސް ދުވަހުގެ ފަނާކުރަނިވި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި"ގައުމީ އެއްބައިވަންތަކަމުގެ" އެއްބަސްވުމެއްގަ ސޮއި ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

    ފަތަހަ ޖަމާއަތާއި ހަމާސް އިސްކޮށް އޮވެ ފަލަސްތީނުގެ 14 ޖަމާއަތަކުން ގައުމީ އެއްބައިވަންތަކަމުގެ އެއްބަސްވުމަކަށް އައީ 3 ދުވަހުގެ މަޝްވަރާތަކަކަށް ފަހުގައެވެ. ފަލަސްތީނުގެ ޖަމާއަތްތަކުގެ މެދުގައި އެއްބަސްވުމަކަށް އައީ ޗައިނާގެ ބޭޖިންގައެވެ. މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން ދަނީ ޗައިނާއިންނެވެ.

    އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 39090 މީހުން ޝަހީދުވެ، 90،147 މީހުން ޒަހަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ.

    ]]>
    Tue, 23 Jul 2024 21:27:52 +0500 ލިވަރ
    2080 ގެ ކުރިން ދުނިޔޭގެ އާބާދީ 10.3 ބިލިއަނަށް އަރާނެ https://heerasnews.com/2604 https://heerasnews.com/2604 މިހާރު މި ހިނގަމުންދާ  21 ވަނަ ގަރުނުގެ ތެރޭގައި ދުނިޔޭގެ އާބާދީ އެންމެ މައްޗަށް ގޮސް، 2080 ގެ އަހަރުތަކުގެ މެދުތެރޭގައި ގާތްގަނޑަކަށް 10.3 ބިލިއަން މީހުންނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އދ އިން ނެރުނު ރިޕޯޓަކުން ހާމަކޮށްފިއެވެ.  2024 ވަނަ އަހަރު ދުނިޔޭގެ އާބާދީއަކީ 8.2 ބިލިއަން މީހުންނެވެ.

    އާބާދީ އިތުރުވުމަށްފަހު ދަށަށް ދާން ފަށާނެ ކަމަށް ލަފާކުރެވޭއިރު، މި ގަރުނު ނިމޭއިރު މަޑުމަޑުން 10.2 ބިލިއަނަށް ވެއްޓޭނެ ކަމަށް ލަފާކުރެވެއެވެ.

    ޗައިނާ އާއި ޖަޕާން ހިމެނޭހެން 63 ގައުމެއްގައި 2024 ވަނަ އަހަރުގެ ކުރިން އާބާދީ ބޮޑުތަން އިތުރުވެގެން ގޮސްފައިވާއިރު، އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކަކީ ގަރުނުގެ މެދުތެރޭގައި ނުވަތަ 2100 ވަނަ އަހަރު ފަހުން އާބާދީ އިތުރުވާނެ ކަމަށް ލަފާކުރެވޭ 126 ގައުމެއްގެ ތެރޭގައި ހިމެނޭ ތަންތަނެވެ.

    ފާހަގަކޮށްލެވޭ ކަމަކީ ކޮންމެ ހަތަރު މީހަކުން އެކަކު ދިރިއުޅެނީ މިހާރުވެސް އާބާދީ އާދަޔާ ހިލާފަށް އިތުރުވެގެން ގޮސްފައިވާ ގައުމެއްގައެވެ.

    މި ހޯދުންތަކުން، ބުރާސްފަތި ދުވަހު އދ އިން ނެރުނު "ދުނިޔޭގެ އާބާދީގެ ކުރިމަގު 2024" ރިޕޯޓުގެ ބައެއްގެ ގޮތުގައި ގާތްގަނޑަކަށް ހުރިހާ ގައުމެއްގައި ވެސް އުމުރުގެ މުއްދަތު ނުވަތަ ލައިފް އެކްސްޕެކްޓެންސީ ކޯވިޑްގެ ކުރިން އޮތް ލެވެލް އަށް އަނބުރާ އައިސްފައިވާ ގޮތަށްވެސް އަލިއަޅުވާލައިފައިވެއެވެ.

    ދުނިޔޭގެ އާބާދީ އާދަޔާ ހިލާފަށް މަތިވަމުން ދާއިރު ރާއްޖޭގެ އާބާދީ އޮތީ ދަށަށް ޖަހާފައެވެ. އުފަންވާ އާބާދީ މަދުވުމުން މުސްކުޅިންގެ އާބާދީ އިތުރުވެ މަސައްކަތް ކުރާ އުމުރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވުމުގެ ބިރު ރާއްޖެއަށް އެބައޮތެވެ. 

    ]]>
    Sat, 13 Jul 2024 12:30:00 +0500 ލިވަރ
    އިޒްރޭލުން ސޭފް ޒޯން ތަކަށްވެސް ހަމަލާދެނީ! https://heerasnews.com/2580 https://heerasnews.com/2580 އިޒްރޭލުން "ސޭފް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކަށް  ދިން ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ނުވަ މެންބަރުން ހިމެނޭ ގޮތަށް ފަލަސްތީނުގެ 12 މީހަކު ޝަހީދު ކޮށްލާފައި ވާކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓް ކޮށްފިއެވެ.

    ގައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ ޖުމްލަ އަދަދު 1.9 މިލިއަނަށް އަރާފައިވާ ކަމަށް ލަފާކުރެވޭތީ، ދެކުނުގެ ސިޓީއެއް ކަމަށްވާ ހާން ޔޫނިސްގެ ކައިރީގައިވާ ސަރަހައްދުތަކުން މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިޒްރޭލުގެ އަސްކަރީޔާއިން އަމުރު ކުރުމުން 250،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އދ. އިން ވަނީ ބުނެފައެވެ.

    ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ވެސް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދުވި ފަހުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 6 އަށް ވަނީ އަރައިފިއެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގައި 37،925 މީހުން ޝަހީދުވެ 87،141 މީހުން ޒަހަމްވެފައިވެއެވެ.

    ]]>
    Wed, 03 Jul 2024 16:06:58 +0500 ލިވަރ
    މިލިއަނަކަށްވުރެ ގިނަމީހުން ހިޔާވަހިކަން ހޯދި ރަފާހުގައި މިހާރު ތިބީ އެންމެ 65000 މީހުން! https://heerasnews.com/2553 https://heerasnews.com/2553 އިޒްރޭލުގެ އަސްކަރިއްޔާގެ ލާއިންސާނީ އަނިޔާތަކާއި ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި ރަފާހަށް އެއް މިލިއަނަށް ވުރެ ގިނަ މީހުންއައެވެ. ރައްކާތެރި ހިޔާވަހިކަން ރަފާހުން ހޯދަމުން އައި މީހުންގެ ތެރެއިން ފަލަަސްތީނުގެ ރަފާހްގައި މިހާރު ތިބީ 65،000 މީހުން ކަމަށް އދގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާ (ޔޫއެންއާރުޑަބްލިއުއޭ) އިން ލަފާކުރެއެވެ.

    އިޒްރޭލުގެ ސިފައިންގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ރަފާހުން ވެސް ރެފިއުޖީންނަށް ރައްކާތެރިކަން ނުލިބި ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އެތައް ބަޔަކުވަނީ ރައްކާތެރިތަނެއް ހޯދުމަށް ރާފާހުން ފައިބާފައެވެ.   

    އަނެއްކާވެސް އިޒްރޭލުގެ  ޓޭންކްތަކާއި ޑްރޯންތައް ރަފާހުގެ ހުޅަނގު އަވަށްތަކަށް ވަނީ ވަދެގަނެފައެވެ. މިވަދެގަތް ވަދެގަތުމުގައި ހަމަލާތައް އަމާޒުކުރީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ މީހުންނަށެވެ. އެހީ ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 9 މީހަކު ޝަހީދުވެ، 30 މީހަކު ޒަހަމްވެއްޖެއެވެ.

    ގައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 35 މީހަކު ޝަހީދުވެ، 130 މީހުން ޒަހަމް ވެފައިވެއެވެ.

    އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި "ހަމާސް އަކީ ފިކުރެއް" އަދި އެ "ފިކުރެއް ނައްތާލެވޭކަށް ނެތް" ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ހަމާސް ބަލި ކުރެވެންދެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމާނުލާނެ ކަމަށް އޭނާ ބުންޏެވެ.

    ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 37،431 މައުސޫމް ރައްޔިތުން ޝަހީދުވެ، 85،653 މީހުން ޒަހަމްވެފައިވެއެވެ.

    ]]>
    Fri, 21 Jun 2024 11:06:15 +0500 ނިއުސް ޑެސްކް
    ރަފާހުގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް ބޮންއަޅައިފި https://heerasnews.com/2545 https://heerasnews.com/2545 ގައްޒާގެ މެދުތެރޭގައި އޮންނަ ނޫސީރާތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ރޭދިން ހަމާލާގައި ބޮންއަޅާ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ. ރޭގައި ނޫސީރާތު ކޭމްޕަށް ދިން ހަމަލާތަކުގައި މަދުވެގެން 17 މީހުން މަރުވިއެވެ. 

    ނޫސީރާތުގެ އެއް ފޭލިގެއަކުންވެސް މަދުވެގެން ހަތް މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ. އެހެން ވަކި ހަމަލާއެއްގައި ފަސް މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ.

    ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި މި މަހުގެ ކުރީކޮޅުވެސް ގެދޮރު ގެއްލިފައިވާ 274 މީހުން ޝަހީދުކޮށްލާފައިވެއެވެ. އެފަހަރު އިޒްރޭލުގެ އަސްކަރިއްޔާއިން މަރުގެ އޮޕަރޭޝަނެއް ހިންގީ އެތަނުގައި ބަންދުކޮށްފައި އިޒްރޭލުގެ ހަތަރު އަސީރުން ތިބިކަމަށް ބުނެ އެ މީހުން މިނިވަން ކުރުމުގެ ނަމުގައެވެ.

    އަދުގެ އުސްއަލި:

    • ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ގައްޒާގެ މެދުތެރޭގައި އިޒްރޭލުން ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ ނޫސީރާތު ރެފިއުޖީ ކޭމްޕަށް ވަކިވަކިން ހަމަލާދީ ރޭގަނޑެއްގެ ތެރޭގައި ފަލަސްތީނުގެ 17 މީހަކު ޝަހީދުކޮށްލިއެވެ.
    • އިޒްރޭލުގެ ސިފައިން ވަނީ ނާބްލޫސް ކައިރީގައި އޮންނަ ހުޅަނގު އައްސޭރީގެ ހިފާފައިވާ ރަށެއް ކަމަށްވާ ގުސްރާގައި ފަލަސްތީނުގެ ދިހަވަރަކަށް މީހުން ހައްޔަރުކޮށް ބަންދުކޮށް ސުވާލުކޮށްފައެވެ.
    • ގައްޒާގައި "ޔަގީނުން ވެސް" އިޒްރޭލުގެ އަސީރުންގެ "ދިހަވަރަކަށް" މީހުން އަދިވެސް ދިރިތިބި ކަމަށް އިޒްރޭލުގެ އިސް މީހަކު އޭއެފްޕީގެ ނޫސް އެޖެންސީއަށް މައުލޫމާތުދިނެވެ.
    • ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގަނޑުވަރު ބޭރުގައި ހޯމަ ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށްކުރި މުޒާހަރާތަކުގައި މަދުވެގެން އަށް މީހަކު ހައްޔަރު ކުރިއެވެ.
    • އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ދެ ޑިމޮކްރެޓަކު އަންނަނީ އިޒްރޭލަށް ބަރު ހަތިޔާރު ވިއްކުން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ މި ދެ ޑިމޮކްރެޓުންގެ ޕްރެޝަރާ ހެދި ބައިޑަން ސަރުކާރުން އިޒްރޭލަށް ބަރު ހަތިޔާރު ވިއްކުން ހުއްޓުވުމަށް ތާއީދު ކުރަން އެއްބަސްވެއްޖެކަމަށް ވޮޝިންޓަން ޕޯސްޓް ބުނެފިއެވެ.
    ]]>
    Tue, 18 Jun 2024 11:34:23 +0500 ނިއުސް ޑެސްކް
    ހުޅަނގު އައްސޭރިން ރޭދަންވަރު 10 މީހުން ހައްޔަރުކޮށްފި https://heerasnews.com/2544 https://heerasnews.com/2544 ހުޅަނގު އައްސޭރީގައި ރޭ ދަންވަރު އިޒްރޭލް ސިފައިން ހިންގި އޮޕަރޭޝަނެއްގައި ދިހަވަރަކަށް މީހުނާ ސުވާލުކޮށް ސްކޫލެއްގައި ހިފާ ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްގެން އެމީހުން ގެންގޮސްފައިވަނީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބްލްސް ކައިރީގައި އޮންނަ ގުސްރާގައި ހުންނަ ސްކޫލަކަށެވެ. އެތަނަށް ގެންގޮސް ރޭ ހަތަރުދަމު ބައިތިއްބައިގެން އެމީހުންނާ ސުވާލުކޮށްފައިވާ ކަމަށް ނޫސް އެޖެންސީތައް ހަބަރުދެއެވެ.

    ގުސްރާގައި ހިންގި ރޭޑަކީ ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުގެ ސިފައިންގެ އަތްދަށަށް ގެންދިއުމަށް އާއްމުކޮށް ދަންވަރު ހިންގާ ހަރަކާތުގެ ތެރެއިން ރޭގައި ހިންގާލި ބައެކެވެ. 

    އެގޮތުން އިޒްރޭލުގެ ސިފައިން ގެއެއް ވަށާލާ ޖެރިކޯއިން ދެބެން ހައްޔަރުކޮށްފައިވެއެވެ. އުއްމު ސަފާއިން ފަލަސްތީނުގެ ތިން މީހަކު ހައްޔަރުކުރިއެވެ. ކަފްރު ނިޢުމާއިން ވެސް ފަލަސްތީނު މީހަކު ހައްޔަރު ކޮށްފައިވެއެވެ.

    ރާމައްލާ އަވަށުގެ އުތުރުގައި އޮންނަ ސިންޖިލުން ވެސް ފަލަސްތީނުގެ މީހަކު ހައްޔަރުކޮށްފިއެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ގައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ ހަރަކާތްތައް ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މިހާތަނަށް ހުޅަނގު އައްސޭރިން 9،100 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ.

    ]]>
    Tue, 18 Jun 2024 10:24:47 +0500 ނިއުސް ޑެސްކް
    އީދު ދުވަހުވެސް ގައްޒާގައި ލޭއޮހޮރުން! https://heerasnews.com/2543 https://heerasnews.com/2543 ބަރަކާތްތެރި އީދު ދުވަހު އިޒްރޭލުން ގައްޒާގެ މެދުތެރެއާއި ދެކުނަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ދިހަވަރަކަށް މީހުން ޝަހީދުކޮށްލައިފިއެވެ. މީގެތެރޭގައި  ފަސް ކުޑަކުދިން ހިމެނެއެވެ.

    ފަލަސްތީން ބަލައިގަންނަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިޒްރޭލުގެ ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. 

    އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި އާންމުން ދިރިއުޅެމުންދިޔަ އިމާރާތަކަށް ބޮން އެޅުމުގެ ތެރޭގައި އިޒްރޭލުގެ ސިފައިންގެ ބަޔަކުވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 37،337 މީހުން ޝަހީދުވެ 85،299 މީހުން ޒަހަމްވެފައިވެ އެވެ.

    ]]>
    Mon, 17 Jun 2024 16:05:55 +0500 ނިއުސް ޑެސްކް
    ފަލަސްތީނާ ދެކޮޅަށް އިޒްރޭލު ސިފައިންގެ ރިޒާވް ޑިވިޝަނެއް! https://heerasnews.com/2542 https://heerasnews.com/2542 ދިވެހިން އީދުގެ އުފާފާޅުކޮށް އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން ފަސްޖެހެމުންދާއިރު ގައްޒާގެ މުސްލިމުންނަށް ލިބޭވޭނާ ކެކުޅުމަކަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. ނިމިދިޔަ 24 ގަޑިއިރުގެ އަދާހަމައަށް ބަލާލުމުންވެސް ފެންނަނީ ބިރުވެރިކަމެވެ.

    • އިޒްރޭލު ސިފައިންގެ ރިޒާވް ޑިވިޝަނެއްގެ ބޭނުން ބޮޑުވެގެން ރިޒާވް ޑިވިޝަނެއް އުފައްދަން އިޒްރޭލުން ނިންމައިފިއެވެ. އުފައްދަން ނިންމީ އިޒްރޭލު ސިފައިންގެ ތެރޭގައި ތިބި ރިޓަޔަރމަންޓް އުމުރުގެ މީހުންގެ މައްޗަށް އެކުލަވާލެވޭ ރިޒާވް ޑިވިޝަންއެކެވެ.
    • ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ގައްޒާގެ މެދުތެރެއާއި ދެކުނަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ދިހަ މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނެއެވެ.
    • ފަލަސްތީން ބަލައިގަންނަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިޒްރޭލު ސަރުކާރުން ވިސްނަން ފަށައިފިއެވެ.
    • އިޒްރޭލުގެ އަސްކަރިއްޔާއާއި ހިޒްބުއްލާ އާއި ދެމެދުގެ ހުރަސް ބޯޑަރުގައި ފުޅާ ދާއިރާއެއްގައި އަލިފާން ރޯވެދާނެ ކަމުގެ އިންޒާރު ދީފައެވެ.
    • ގައްޒާގެ ދެކުނުގައި ހުރި އިމާރާތެއް ގޮއްވާލުމާ ގުޅިގެން އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.
    • އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި 37،337 މީހުން މަރުވެ 85،299 މީހުން ޒަހަމްވެފައިވެއެވެ.
    • ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާއެވެ. 
    • ގައްޒާގައި އަޅުވެތިކޮށްފައިވާ ދިހަވަރަކަށް އިޒްރޭލު މީހުން އަދިވެސް އެބަތިއްބެވެ.
    • ރަފާގެ އުތުރުގައި އޮންނަ ހިރްބަތުއަލްއަދާސް ސަރަހައްދުގައި އިސްރާއީލުން ދާދި ދެންމެއަކު ދިން ހަމަލާއެއްގައި އެކަކު މަރުވެ އިތުރު މީހަކު ޒަހަމްވެއްޖެ ކަމަށް ރިޕޯޓް ލިބިއްޖެއެވެ.
    ]]>
    Mon, 17 Jun 2024 15:56:55 +0500 ނިއުސް ޑެސްކް
    ގުރުބާންކުރާ ޖަނަވާރު ގައްޒާއަށް އެތެރެވުން ހުއްޓުވައިފި! https://heerasnews.com/2540 https://heerasnews.com/2540 ދުނިޔޭގެ ކަންކޮޅުގައި މުސްލިމުން އީދު އުފާ ފާޅުކުރަނީއެވެ. ކައި ބަނޑު ފުރާލައިގެން ކުޅިވަރާއި މަޖަލުގައި ކޮރުލާ ނަށަނީއެވެ. އެހެންނަމަވެސް ގައްޒާގެ ލައްކައެއްހާ މުސްލިމް އާއިލާއަށް ބޮޑު އީދު ފާހަގަކުރުމާއި އުލުހިޔާ ކަތިލުމުން ވަނީ މަހުރޫމްވެފައެވެ. ގުރުބާން ކުރުމަށް ނައަމްސޫފި ގާޒާއަށް އެތެރެކުރުން އިޒްރޭލުން ވަނީ މަނާކޮށްފައެވެ. ބޮޑު އީދުގައި އުލުހިޔާ ކަތިލުމަކީ އިސްލާމީ ދީންގައި ކުރެވޭ ސުންނަތްކަން ގަދަ އަޅުކަމެކެވެ.

    ރަފާހުގެ ބޯޑަރު ހިމެނޭ ގޮތަށް ގައްޒާގެ ހުރިހާ ބޯޑަރެއް ހުރަސްކޮށް ގުރުބާންކުރާ ޖަނަވާރުތައް އެތެރެވުން ވަނީ ހުއްޓުވައިފައެވެ. އީދު ދުވަހުގެ ކުރިން ގައްޒާ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުގެ މި މަނާކުރުމަކީ އިންސާނީ ހައްގުތަކާ ސާފުކޮށް ހިލާފުވީ ހިލާފުވުމެއް ކަމަށެވެ. ގުރުބާން ކުރާ ސޫފިތައް އެތެރެވުން ހުއްޓުވުމަކީ އިންސާނީ އަދި އިސްލާމީ އަގުތަކަށް އެއްވެސް އަޅާނުލުމެއް ނެތްކަން އަންގާދޭ ކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

    ގުރުބާންކުރާ  ޖަނަވާރުތަކަކީ ބޮޑު އީދުގެ މުހިންމު ބައެއް ކަމަށްވާއިރު ބައިނަލްއަގުވާމީ މުޖުތަމައުން ސީރިއަސްކޮށް ތަދައްހުލުވެ ނަސްލު ނައްތާލުން ހުއްޓުވުމަށާއި މުސްލިމުންގެ ހައްގުތަކާއި އިންސާނީ ހައްގުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުން ހުއްޓުވަން ޖެހޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

    އިސްލާމްދީނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މި ޖަރީމާތައް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޒިންމާ އިސްރާއީލާއި އެމެރިކާގެ ވެރިކަމުން އުފުލަންޖެހޭ ކަމަށް ގައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ. 

    އިޒްރޭލުން ގައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާ ހިންގަންފެށި ފަހުން ގާތްގަނޑަކަށް 37،300 ފަލަސްތީނު މީހުން ގައްޒާގައި ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަނެއްކޯލުން 85،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ގައްޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ. އިސްރާއީލުގެ ހަނގުރާމައަށް މިވީ އަށް މަސް ދުވަހުގެ ތެރޭގައި އޮތީ ގައްޒާގެ ބޮޑު ސަރަހައްދުތަކެއް ފަނާވެ ކާނާއާއި ސާފު ފެނާއި ބޭސް ފަދަ ތަކެތީގެ ނުރައްކާތެރި ހިސޯރެއްގެ ތެރޭގައެވެ.

    ]]>
    Sun, 16 Jun 2024 14:20:41 +0500 ނިއުސް ޑެސްކް
    ރަފާހުން މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލަނީ! https://heerasnews.com/2510 https://heerasnews.com/2510 އެއް މިލިއަނަށްވުރެ ގިނަ މީހުން ރަފާހުން  ފިލަން މަޖުބޫރުވެއްޖެއެވެ. ގައްޒާގެ އެކި ހިސާބުތަކަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 40 މީހުން ޝަހީދުކޮށްލުމާއި އެކު އެއް މިލިއަނަށް ވުރެ ގިނަ މީހުން ރަފާހުން އެ މީހުންގެ ގެދޮރު ދޫކޮށްލައިފިއެވެ.

    ގައްޒާގެ އުތުރުގެ ސިޓީތަކުގައި އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަނެއް ހިންގިތާ މާގިނައިރުތަކެއް ނުވެ ޖަބަލިއާ އާއި ބައިތު ހަނޫން "ޑިޒާސްޓާ އޭރިއާ"ގެ ގޮތުގައި ވަނީ އިއުލާން ކޮށްފައެވެ.

    ގައްޒާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރަފާހަށް އެހީ ފޯރުކޮށްދިނުން ހުއްޓުވުމުގެ މަސައްކަތް އިޒްރޭލުން ދަނީ ކުރަމުންނެވެ. ބަނޑުހައިހޫނު ކަމުގެ ސަބަބުން މަރުވުމުގެ ނުރައްކާ 3،500 އަށް ވުރެ ގިނަ ކުދިނަށް އެބައޮތެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުންދާ  ލާއިންސާނީ އަނިޔާތަކުގައި ފަލަސްތީނުގެ 36،479 މީހުން ޝަހީދުވެ، 82،777 މީހުން ވަނީ ޒަހަމްވެފައިވެއެވެ.

    ]]>
    Tue, 04 Jun 2024 14:08:52 +0500 ނިއުސް ޑެސްކް
    އައިސްލޭންޑްގެ ސަރަހައްދެއްގައި އަލިފާނުގެ ކޯރުތަކެއް! https://heerasnews.com/2504 https://heerasnews.com/2504 އައިސްލޭންޑްގެ ހުޅަނގު ދެކުނުގައި ޑިސެމްބަރު މަހުގެ ފަހުން ފަސް ފަހަރު އަލިފާން ފަރުބަދައެއް ވަނީ ގޮވާފައެވެ. ފަސްވަނަ ފަހަރަށް ފާރގަޑޯސްފިޗް ކިޔާ އަލިފާން ފަރުބަދައެވެ. އެ ފަރުބަދަ ގޮވީ މިދިޔަ ބުދަ ދުވަހުއެވެ.

    ފަރުބަދަ ގޮވުމުން ދިޔާ އަލިފާން ނުވަތަ ލާވާގެ ރަތް ކޯރުތައް ފެތުރި މަޝްހޫރު ބްލޫ ލެގޫން ޖިއޮތަމަލް ސްޕާ ހުސްކުރަން ޖެހުނެވެ. 

    އެންމެ ފަސްވަނަ ގޮވުމުގެ ސަބަބުން އުފެދުނު ވިލާގަނޑު ގާތްގަނޑަކަށް 3.5 ކިލޯމީޓަރުގެ އުސްމިނަށް އަރައިގެން ދިޔައެވެ. އޭގެ ސަބަބުން 1 ކިލޯމީޓަރަށް ވުރެ ދިގު ކަމަށް ލަފާކުރެވޭ ފިޝަރެއް އުފެދި ކަމަށް އައިސްލޭންޑުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ.

    އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބުދަ ދުވަހު އެ ސަރަހައްދުގެ ފެސިލިޓީތައް ހުސްކޮށްފައިވާ ކަމަށް އައިސްލޭންޑްގެ އެންމެ ބޮޑު ޓޫރިސްޓް އެޓްރެކްޝަން ކަމަށްވާ ބްލޫ ލެގޫން އިން ބުންޏެވެ.

    30،000 މީހުންނަށް ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ހުންނަ އިންޖީނުގެއެއް ހުންނަ ސަރަހައްދެއް ކަމަށްވާ ސްވަރސެންގީގެ ތިރީގައިވާ އަލިފާނުގެ ކޯރުތައް ގާތްގަނޑަކަށް 20 މިލިއަން ކިއުބިކް މީޓަރު (26 މިލިއަން ކިއުބިކް ޔާޑް) ގެ ސަރަހައްދަކަށް ޖަމާވެ ފެތުރިފައިވާ ކަމަށް ބުންޏެވެ.

    ގޮވި އަލިފާން ފަރުބަދައާއި ކައިރި ސަރަހައްދެއްގައި އޮންނަ ގްރިންޑަވިކް ޓައުންގެ 4000 މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ނޮވެމްބަރު މަހު ދާއިމަށް އެ ސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

    ]]>
    Sat, 01 Jun 2024 11:26:05 +0500 ނިއުސް ޑެސްކް
    ރަފަހުގެ ގަތުލުއާއްމު މުޅި ދުނިޔޭން ކުއްވެރިކުރަނީ https://heerasnews.com/2494 https://heerasnews.com/2494 ރަފާހުގައި ކަނޑައަޅާފައިވާ ރައްކާތެރި ސަރަހައްދެއްގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓް ކޭމްޕަކަށް އިޒްރޭލުގެ ސިފައިން ދިން ބޮމުގެ ހަމަލާ ތަކެއްގައި ފަލަސްތީނުގެ 45 މީހަކު ޝަހީދު ކޮށްލައިފިއެވެ.

    މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަމަލާގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔޭގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވާލުންތައް އިތުރުވެފައި ވާއިރު، މީހުން ދިރިއުޅޭ އެކި ހިޔާތަކަށް އިޒްރޭލުގެ ސިފައިން ދިން ހަމަލާތަކުގައި މަދުވެގެން 160 މީހުން ޝަހީދު ވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.

    އިޒްރޭލުގެ އެންމެ އިސް އަސްކަރީ ޕީޖީ ވަނީ ރަފާހްއަށް ދިން ހަމަލާއަކީ "ވަރަށް ބޮޑު" ހަމަލާއެއް ކަމަށް ސިފަކޮށް، ތަހުގީގެއް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ހަމަލާ ދީފައިވާކަން ކަށަވަރު ކޮށްދީފައެވެ.

    އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 36،050 މީހުން ޝަހީދުވެ، 81،026 މީހުން ވަނީ ޒަހަމްވެފައެވެ.

    ]]>
    Mon, 27 May 2024 22:46:05 +0500 އެޑިޓަރ
    އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް! https://heerasnews.com/2414 https://heerasnews.com/2414 އަނިޔާވެރި އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާ ތަކުގައި ރަފާއަށް ދިން ވައިގެ ހަމަލާތަކުގައި 10 މީހުން ޝަހީދުވެއްޖެއެވެ.

    އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ދިން މި ހަމަލާގެ ފަހުން އަލްޖަޒީރާގެ މުވައްޒަފަކު ބުނި ގޮތުގައި އިޒްރޭލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތޫލްކަރަމްގައި ހުންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ވަދެ ފުރާވަރުގެ ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ޝަހީދު ކޮށްލާފައިވެއެވެ. 

    އިޒްރޭލުގެ ސިފައިން ވަނީ ރަފާއާ އިންވެގެން އޮތް ސަރަހައްދު ތަކަށް އިތުރު ސިފައިން ފޮނުވައިގެން އިރުމަތީ ސަރަހައްދު ތަކުގައި ހުރި ދަނޑުބިންތައް ހަލާކު ކޮށްފައެވެ.

    ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 34،049 މީހުން ޝަހީދުވެ، 76،901 މީހުން ޒަހަމް ވެފައިވެއެވެ.

    ]]>
    Sat, 20 Apr 2024 14:39:17 +0500 ނިއުސް ޑެސްކް
    މަތިންދާ ބޯޓް ޓެކްސީ https://heerasnews.com/1657 https://heerasnews.com/1657 ބްރެޒިލްގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެމްބްރާޔަ އިން ބުނާ ގޮތުގައި 2026 ވަނަ އަހަރުން ފެށިގެން ޖައްވަށް މީހުން ގެންދަން އުއްމީދުކޮށް އިލެކްޓްރިކް ފްލައިން ޓެކްސީ އުފެއްދުމަށް ސައޯ ޕައުލޯ ކައިރީގައި އާ ފެކްޓްރީއެއް އަޅަން ހަމަ ޖެހިއްޖެއެވެ.

    އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި އީވް އިން އުފައްދާ މި މަތިންދާބޯޓު ތަކަކީ ހަ ކަސްޓަމަރުންނަށް ޖާގަ ލިބޭ ކުޑަ ހެލިކޮޕްޓަރެއް ކަހަލަ މަތިންދާބޯޓު ތަކެކެވެ.

    އޭގެ ދަތުރެއްގެ އަގަކީ މީހަކަށް 50-100 ޑޮލަރު ކަމަށް ލަފާކުރެވެއެވެ. އީވް އިން ބުނާ ގޮތުގައި މިހާރު ވެސް ގާތްގަނޑަކަށް 3،000 އެއާރ ޓެކްސީގެ އޯޑަރު ވާނެކަމަށެވެ.

    އެގޮތުން މިއަހަރު ޕްރޮޓޯޓައިޕްއެއް އެސެމްބްލް ކުރެވޭނެ ކަމަށް އެ މީހުން އުންމީދު ކުރެއެވެ. އެމެރިކާގެ ރެގިއުލޭޓަރުން ދާދި ފަހުން ވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅު އެއަރ ޓެކްސީތައް އެ ތަނަށް ދަތުރުކުރާނެ ޓައިމްލައިނެއް ވެސް އާންމުކޮށްފައެވެ.

    ކަސްޓަމަރުންނަށް މާ އަގުބޮޑު އެއްޗަކަށް ނުވެ، ތޮއްޖެހިފައިވާ ސިޓީތަކުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެހީތެރި ވެދޭނެ އެއްޗެއްކަމަށް މަތިންދާބޯޓު ވެގެން ދާނޭކަމަށް އެ ކުންފުނިން ވަނީ ބުނެފައިއެވެ. އަދި އެއީ މުދާ އުފުލުމުގެ ބަދަލެއްގެ ގޮތުގައި ވެސް ދެކެވިފައިވެއެވެ.

    ފުރަތަމަ ފްލައިޓް ތަކުގައި ޕައިލެޓެއް ހުއްޓަސް ފަހުން ސެލްފް ޕައިލެޓް ވެހިކަލްތައް ރޯލްއައުޓް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނީގެ ޕްލޭންތަކުގައި އެބަހުއްޓެވެ.

    މި އުޅަނދުތަކަކީ %100 ކަރަންޓުން ދުއްވާ އުޅަނދު ތަކަކަށް ވެގެންދާއިރު، އެ އުޅަނދުތަކުން ގޭސް ބޭރު ނުކޮށް ދަތުރުތައް ކުރެވިގެންދާނެވެ.

    ]]>
    Sat, 22 Jul 2023 12:30:14 +0500 ނާއިރާ
    ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕަށް ޤުރުއާނުގެ ކޮޕީތަކެއް https://heerasnews.com/1643 https://heerasnews.com/1643 ޖިއްދާގެ އިސްލާމީ ބަނދަރު މެދުވެރިކޮށްގެން ފުރައިގެން ދިޔަ ހައްޖުވެރިންގެ ތެރެއިން އެންމެ ފަހުން ދިޔަ ގްރޫޕަށް ހަދިޔާގެ ގޮތުގައި ކީރިތި ޤުރުއާނުގެ ކޮޕީތަކެއް ލިބިފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުނެފިއެވެ.

    ސޫދާނުގެ 2،000 ހައްޖުވެރިންގެ ގްރޫޕަކީ ސައުދީ އަރަބިއްޔާއިން ބަނދަރު މެދުވެރިކޮށް ފުރައިގެން ދިޔަ 6،855 ހައްޖުވެރިންގެ ތެރެއިން އެންމެ ފަހު މީހުންނެވެ. 

    އިންޓަވިއު ކުރި މީހުން ކިންގްޑަމްގައި ހޭދަކުރި  ދުވަސްވަރު އެމީހުންނަށް ފޯރުކޮށްދިން ހިދުމަތްތަކަށް ތައުރީފު ކުރި ކަމަށް އެސްޕީއޭ އިން އިތުރަށް ބުނެފައިވެއެވެ.

    ]]>
    Tue, 18 Jul 2023 23:08:34 +0500 ނާއިރާ
    ތްރެޑްސްއަށް ގާނޫނީ ފިޔަވަޅު އެޅުމުގެ އިންޒާރު ޓްވިޓާއިން https://heerasnews.com/1602 https://heerasnews.com/1602  

    އެލޮން މާސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްއާ ވާދަކުރުމުގެ ގޮތުން މި ހަފްތާގައި ތައާރަފްކުރި ދިހަ މިލިއަން ޔޫޒަރުން ހޯދާފައިވާ ޓެކްސްޓް ބެސްޓް އެޕް ތްރެޑްސްއާ ގުޅިގެން ޓްވިޓާއިން ވަނީ މެޓާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

    ޓްވިޓާ ތަމްސީލުކުރާ ވަކީލު އެލެކްސް ސްޕައިރޯ ބުދަ ދުވަހު މެޓާގެ ސީއީއޯ މާކް ޒުކަބާގަށް ފޮނުއްވި ސިޓީއެއްގައި ތުހުމަތުކޮށްފައި ވަނީ ޓްވިޓާގެ ކުރީގެ މުވައްޒަފުން ބޭނުން ކޮއްގެން "ކޮޕީކެޓް" އެޕް އެއްހަދައި ޓްވިޓާގެ ވިޔަފާރީގެ ސިއްރުތަކާއި އެހެނިހެން މައުލޫމާތު ގާނޫނާ ހިލާފަށް ތްރެޑްސް އަން ބޭނުންކުރާ ކަމަށެވެ.

    މެޓާގެ ތަރުޖަމާނު އެންޑީ ސްޓޯން ބުރާސްފަތި ދުވަހު ތްރެޑްސްގައި ލިޔެފައިވާ ގޮތުން ތްރެޑްސްގެ އިންޖިނިއަރިން ޓީމުގެ އެއްވެސް މީހަކީ ކުރީގެ ޓްވިޓާ މުވައްޒަފެއް ނޫން ކަމަށެވެ.

    މެޓާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މާސްކް ލިޔުއްވާފައި ވަނީ ވާދަވެރިކަމަކީ ރަނގަޅު ކަމެއް ކަމަށާއި މަކަރުހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

     

    ]]>
    Sat, 08 Jul 2023 10:55:52 +0500 ނާއިރާ
    އުމުރުން 17 އަހަރުގެ ކުއްޖަކުގަޔަށް ފުލުހުން ބަޑިޖަހައި މަރާލިމައްސަލަ އާއްމުވެއްޖެ https://heerasnews.com/1581 https://heerasnews.com/1581 ފުރާވަރުގެ ކުއްޖަކަށް ފުލުހުން ބަޑިޖަހައި މަރާލި މައްސަލައިގައި ދެވަނަ ރެއަކަށް މުޒާހަރާތައް ފެށުމާއެކު ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ރޭ ގާތްގަނޑަކަށް 150 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

     

    އިންޓީރިއާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބައެއް ޓައުން ހޯލްތަކާއި ސްކޫލްތަކާއި ޕޮލިސް ސްޓޭޝަންތަކުގައި އަލިފާން ރޯކޮށްފައި ވާއިރު އަނެއްބައި ތަންތަނައް ވަނީހަމަލާދީފައި" ކަމައްވެއެވެ.

     

    ޕެރިހުގެ ސަބަރބް ނަންޓެރޭގައި އަންގާރަ ދުވަހު ޓްރެފިކް ހުއްޓުމެއްގެ ތެރޭގައި ފުލުހުން ބަޑިޖަހައި މަރާލި ނައިލް ނަމަކަށް ކިޔާ އުމުރުން 17 އަހަރުގެ ކުއްޖާ މަރުވުމާ ގުޅިގެން ފްރާންސްގެ އާމު ރައްޔިތުން ދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.

    ]]>
    Fri, 30 Jun 2023 12:54:51 +0500 ނާއިރާ
    ޓައިޓަން ސަބްގައި ދަތުރުކުރި ފަސް މީހުން މަރުވެއްޖެ https://heerasnews.com/1555 https://heerasnews.com/1555 ޓައިޓެނިކް ބޯޓުއޮތް ދިމާލަށް ދިޔުމަށް ކުރި 10 ގަޑިއިރުގެ ދަތުރު ނިމިގެން ދިޔައީ ހަދާނުން ފިލައިގެން ނުދާނެ ބޮޑު ކާރިސާއެއްގެ ގޮތުގައެވެ. އެމެރިކާގެ ކޯސްޓްގާޑުން ވަނީ "ޓައިޓަން" ގެ ނަމުން މަޝްހޫރު ސަބްމަރސިބަލްގައި ތިބި ފަސް މީހުންވެސް މަރުވެފައިވާކަން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފައެވެ.

    ސާޗް ޓީމުތަކަށް ވަނީ ޓައިޓަން ސަބްމަރސިބަލްގެ އެތިއެތިކޮޅުތައް އުތުރު އެޓްލާންޓިކް ކަނޑުގެ ގާތްގަނޑަކަށް 13،000 ފޫޓު ފުންމިނުން ފެނި ބޯޓުގައި ތިބި މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބަކަށް ބެލެ ވެނީ "ކެޓަސްޓްރޯފިކް އިމްޕްލޯޝަން" ނުވަތަ ކުދިކުދި އެތިއެތި ކޮތަޅުތަކަށް ބޯޓު ފަޅައިގެން ދިއުމުންނެވެ.

    މި ބޯޓުގައި ތިބި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ޓުއާ އޮޕަރޭޓަރުގެ ސީއީއޯ އާއި އިނގިރޭސި ވިޔަފާރިވެރިއަކާއި ފްރާންސްގެ މަޝްހޫރު ޑައިވަރެއްގެ އިތުރުން ޕަކިސާތާނީ ބިލިއަނަރަކާއި އޭނާގެ ދަރިފުޅުއެވެ.

    ]]>
    Fri, 23 Jun 2023 23:36:07 +0500 ނާއިރާ
    ކެމްބޯޑިއާގައި ދެކުނު ކޮރެއާގެ އިންފްލޫއެންސަރެއް މަރާލި ކަމުގެ ދައުވާ ޗައިނާ ދެމަފިރިއަކަށް https://heerasnews.com/1523 https://heerasnews.com/1523 ޗައިނާގެ ދެމަފިރިއެއްގެ މައްޗަށް ކެމްބޯޑިއާގެ ކޯޓެއްގައި ދައުވާކޮށްފައި ވަނީ އެމީހުންގެ ކްލިނިކުގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ކަމަށް ބުނާ ދެކުނު ކޮރެއާގެ އިންފްލޫއެންސަރެއް މަރާލި މައްސަލާގައެވެ.

    ބީޖޭ އަހްޔޮންގްގެ ހަށިގަނޑު ކެމްބޯޑިއާގެ ވެރިރަށް ފްނޮމްޕެންގެ ބޭރުގައި އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހަފްތާގައެވެ. 

    މަރާލިކަމަށް ތުހުމަތުކުރާ ދެމަފިރިން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު ދޫކޮށްލީ ސިޓީގައި ހުންނަ އެމީހުންގެ ބިއުޓީ ކްލިނިކުން ފަރުވާ ހޯދަމުން ދަނިކޮށް ކުއްލި ޝޮކަކަށް ގޮސް މަރުވުވުމުންނެވެ.

    އެކަމަކު ޕީޖީން ވަނީ އެމީހުންގެ ވާހަކަ ދޮގުކޮށްފައެވެ.

    ޕީޖީ އިން ބުނާގޮތުގައި ލައި ވެންޝާއޯ އާއި ކައި ހުއިޖުއާންގެ މައްޗަށް އުފުލާފައިވަނީ "އަނިޔާކުރުމާއެކު މީހަކު މަރާލުމުގެ" ދައުވާ ކަމަށެވެ.

    ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ރަތް ފޮތިގަނޑެއްގައި އޮޅާލައިވަނިކޮށެވެ.

    ބީޖޭ އަހިއޮންގް އަކީ ދެކުނު ކޮރެއާގެ ވީޑިއޯ ސްޓްރީމިން ސާވިސްއެއް ކަމަށްވާ އަފްރީކާޓީވީގެ އިންފްލޫއެންސަރެކެވެ. އަދި އޭނާގެ އިންސްޓަގްރާމްގައި 260،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

    އެ ދެމަފިރިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.

    ]]>
    Thu, 15 Jun 2023 14:12:34 +0500 ނާއިރާ
    ކޮންކޯގެ ކޭމްޕެއްގައި 46 މީހުން މަރުވެއްޖެ https://heerasnews.com/1519 https://heerasnews.com/1519 ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގެ ޑިސްޕްލޭސްމަންޓް ކޭމްޕެއްގައި 46 މީހުން މަރުވެ ހަ މީހަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގައި ތިބި އޮބްޒާވަރުންގެ ނެޓްވޯކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި 23 ކުޑަކުދިން ހިމެނޭ ކަމަށް އޮބްޒާވަރުން ބުނެއެވެ. 

    ސެކިއުރިޓީ ޓްރެކަރ އަކުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ހަތިޔާރުއެޅި ގްރޫޕް " ކޯޑެކޯ" އިން ދިން ހަމަލާއަކާއި ގުޅިގެން ޖުގޫ ސަރަހައްދުގައި ކަމަށެވެ.

    ކިވޫ ސެކިއުރިޓީން ބުނިގޮތުގައި މި ހަމަލާއަކީ މިފަދަ ނުރައްކާތެރި ހަމަލައެއް ނުދޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އެ ސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. މި ޤަތުލުއާންމަކީ ހަތިޔާރު އެޅި އެހެން ޖަމާއަތްތަކުން ހިންގި އެކިއެކި އަނިޔާވެރި އަމަލުތަކުގެ ބަދަލު ހިފުމެއް ކަމަށް ވެދާނެކަމަށްވެއެވެ.

    މޮނޫސްކޯއިން ވަނީ ތަހުގީގް އަވަސްކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކޮންގޯގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

    ކޮންގޯ ސަރުކާރުން ވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށް، އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން އިޓޫރީގެ ސަލާމަތީ ކަންކަން އަލުން ގާއިމް ކުރުމަށް ވައުދުވެފައި ވާ ކަމުގެ ޔަގީންކަން ދީފައެވެ.

     

     

     

    ]]>
    Tue, 13 Jun 2023 22:49:04 +0500 ނާއިރާ
    މަރުވެގެން ސަންދޯކުއެޅި އަންހެނަކު ތެދުވެއްޖެ https://heerasnews.com/1516 https://heerasnews.com/1516 އިކުއެޑޯގައި އުމުރުން 76 އަހަރުގެ ބެލާ މޮންޓޯޔާ ނަމަކަށް ކިޔާ އަންހެނަކު މަރުވެފައިވާ ކަމަށް އިއުލާން ކުރިތާ ހަތަރު ގަޑިއިރު ފަހުން ހޭވެރިކަންވެއްޖެއެވެ. މި ހާދިސާ ހިގައިފައި ވަނީ މެޑިކަލް އެގްޒެމިނަރަކު އޭނާގެ މަރު ސާބިތުކޮށް ސެޓްފިކެޓްދީ ސަންދޯކަށް ލާފައި އޮއްވައެވެ.

    މައުލޫމާތު ލިބޭގޮތުގައި ގޮތުގައި މޮންޓޯޔާއަށް ޖެހުނު ބައްޔަކީ ކާޑިއޯ ރެސްޕިރޭޓަރީ އެރެސްޓްއެވެ. މީގެސަބަބުން ހަށިގަޑުގެ މަސައްކަތް ކުރުމާއި ނޭވާލުން ލަސްކޮލައެވެ. އެހެންކަމުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް އޭނާ ވަނީ މަރުވެފަކަން ގަބޫލު ކުރެވުނެވެ.

    މޮންޓޯޔާއަށް މިހާރު އަންނަނީ އޭނާ މަރުވެފައިވާ ކަމަށް އިއުލާންކުރި ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ދަރިފުޅު ބުނާ ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅެވެ.

     

     

    ]]>
    Mon, 12 Jun 2023 23:54:39 +0500 ނާއިރާ
    ފުލައިޓުގެ ތެރޭގައި ހޭނެތުނު ކުއްޖަކު މަރުވެއްޖެ. https://heerasnews.com/1515 https://heerasnews.com/1515 ފުލައިޓުގެ ތެރޭގައި ހޭނެތުނު ކުޑަ ކުއްޖަކު މަރުވެއްޖެއެވެ. މިހާދިސާ ހިގައިފައި ވަނީ އާދީއްތަ ދުވަހު ޓާކިޝް އެއާރލައިންސްގެ ފްލައިޓް ޓީކޭ003 އިސްތަންބޫލުން ނިއުޔޯކަށް ދިޔަ މަގުމަތީގައެވެ. އެ ފްލައިޓުން ދަތުރުކުރި 11 އަހަރުގެ ކުުޑަ ކުއްޖަކު ހޭނެތިގެންނެވެ.

    ކުއްޖާ ހޭނެތުމުން ފުލައިޓް ވަނީ ބުޑަޕެސްޓްގައި ކުއްލި ގޮތަކަށް ޖައްސާފައެވެ. ބޯޓު ޖެއްސުމާއި އެކު އެއާރޕޯޓްގެ މެޑިކަލް ސާވިސް ސްކްރެމްބްލްކޮށް އެ ތަނަށް ގެންގޮސް އަވަސް ފަރުވާ ދިން ނަމަވެސް ކުއްޖާ ސަލާމަތެއް ނުކުރެވުނެވެ.

    ]]>
    Mon, 12 Jun 2023 23:12:43 +0500 ނާއިރާ
    100 އަހަރު ވެފައިވާ ޕޯސްޓް އޮފީހެޢްގައި ރޯވުން https://heerasnews.com/1423 https://heerasnews.com/1423 މެނިލާގެ ތާރީހީ ޕޯސްޓް އޮފީސް އިމާރާތުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އެންމެ މީހަކަށް ވަރަށް ކުޑަ ކޮށެވެ.

    މިއާސާރީ އިމާރާތަށް ގާތްގަނޑަކަށް 100 އަހަރު ވެފައިވެއެވެ.

    އަލިފާންގަނޑު ފުރަތަމަ ރޯވެފައި ވަނީ ނިއޯ ކްލާސިކަލް، ފަސް ބުރީގެ އިމާރާތުގެ ބިންގަރާހުގައިއެވެ. އަލިފާންގަނޑު ނިއްވައިލެވިފައި ވަނީ ހެނދުނުއެވެ.

    އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ގެއްލުންވީ ކޮން އެއްޗެއްކަން ދެނެގަތުމަށް މިހާރުވަނީ ތަހުގީގު ކުރަން ކަމާބެހޭފަރާތްތަނުން ފަށާފައިއެވެ.

    މިހާރު ގައުމީ އާސާރީ ތަނެއްގެ ގޮތުގައި ބެލެވޭ މި އިމާރާތަކީ 1926 ވަނަ އަހަރު ސަގާފީ ނިއޯ ކްލާސިކަލް ސްޓައިލުގައި އުސް ތަނބުތަކެއް ޖަހައިގެން ބިނާކޮށްފައިވާ އިމާރާތެކެވެ.

    ]]>
    Mon, 22 May 2023 11:03:15 +0500 ނާއިރާ
    24 އަހަރު ފަހުން ދަރިއެއްލާލި މަންމަ ޖަލަށް https://heerasnews.com/1328 https://heerasnews.com/1328 24 އަހަރުގެ ދިގު މުދަތަކަށް ފަހު އުމުރުން 51 އަހަރުގެ ޖެނިފާ މެޓާއަށް ވަނީ މި މަހު 27 ވީ ހުކުރު ދުވަހުގައި 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާއަށް މި ހުމް އިއްވާފައި ވަނީ 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު މެތޮޑިސްޓް ބީޗުގެ އައްސޭރިފަށުން ފެނުނު އޭނާގެ ތުއްތު ފިރިހެން ކުއްޖާ މަރާލި މައްސަލައިގައި މި އަހަރު ޖެނުއަރީ މަހު ގަސްތުގައި މަރާލި ކަމަށް ބުނެ އިއުތިރާފުވުމުންނެވެ. "އަހަރެން [ތުއްތު ކުއްޖާ] މޫދުކައިރީގަ ބާވާފައި އަހަރެންގެ ކާރަށް އަރައި، އެނބުރި އައުމުގެ ވިސްނުމެއް ނެތި ދުއްވައިލީމެވެ،" އިއުތިރާފު އެއްބަސްވުމުގައި މެޓަރ ބުންޏެވެ.

    މި ތުއްތު ފިރިހެން ކުއްޖާ އޮތީ މިސިސިޕީ ކޯރުގެ އައްސޭރީގައި ފޫޅުދަނޑި ހަށިގަނޑުގެ މެދުގައި އޮޅާލައިގެންނެވެ. ތުއްތު ކުއްޖާ މަރުވީ މީހަކު މަރާލުމުގެ ސަބަބުން ކަމަށާއި ނަމަވެސް އޭނާ މަރާލި ގޮތެއް ނޭގޭކަމަށް ދައުވާގައިވެއެވެ. މެޓަރ ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހު ގައެވެ. އޭނާގެ ދަރިފުޅު މަރާލި މައްސަލައިގައި ދެވަނަ ދަރަޖައިގެ މަރުގެ ދެ ދައުވާއެއް އުފުލާފައިވާ ކަމަށް ވެއެވެ.

    މެޓަރ އިއުތިރާފުގައި އެއްބަސްވެފައިވާ ގޮތުން އޭނާ ބަލިވެ އިން ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނެއެވެ. އަދި އެވާހަކަ ފޮރުވިއެވެ. އަދި ދަރިފުޅު ވިހެއުމަށް ފަހު ކުއްޖާ ވުޖޫދަށް އައި ވާހަކަވެސް އަދި އެކަހެރި ގޮނޑުދޮށަކަށް އެއްލާލި ކަމެއް އެއްވެސް މީހަކަށް ނޭގޭނެ ކަމަށް އެއްބަސް ވެފައިވެއެވެ.

    މި ދައުވާގެ ލިޔެކިޔުން ތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ނޮވެމްބަރު 4، 1999 ގައި ރެޑް ވިންގް ކައިރީގައި އޮންނަ މިސިސިޕީ ކޯރުގެ ލޯވަރ ބޯޓް ހާބަރުގައި އަލަށް އުފަން އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނުނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ޑީއެންއޭ މެދުވެރިކޮށް ޓެސްޓު ކޮށްފައި ކަނޑައެޅީ އެ ތުއްތު އަންހެން ކުއްޖާއަކީ ވެސް މެޓަރގެ ދަރިއެއް ކަމަށެވެ. މި ހާދިސާއާ ގުޅިގެން މި ވަގުތު އެއްވެސް އެހެން ދައުވާއެއް އުފުލާފައެއް ނުވެއެވެ.

    ]]>
    Thu, 04 May 2023 01:00:08 +0500 ނާއިރާ
    ބަނޑުހައި ހޫނުކަމުގެ ކަލްޓެއްގެ 47 މަރު https://heerasnews.com/1294 https://heerasnews.com/1294 ކެންޔާގެ އަސޭރިފަށުގެ ރަށެއް ކަމަށްވާ މަލިންޑީ ކައިރީން  ހަށިގަނޑުތަކެއް ފެނިއްޖެއެވެ. ފުލުހުންގެ ތަހުގީގުން ފެނުނު 47 ހަށިގަނޑުގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ.

    ތަހުގީގުން އެނގިފައިވާ ގޮތުގައި މިހާ ގިނަ އަދަދެއްގެ މީހުން މަރުވާން ދިމާވީ ބަނޑުހައި ހޫނުކަމުގައި ދުވަސްތަކެއް ހޭދަ ކުރުމުގެ ސަބަބުންނެވެ. ބެލެވޭ ގޮތުގައި މަރުވެފައިވާ މީހުންނަކީ ކަލްޓެއްގެ ބައިވެރިންތަކެކެވެ. ބަނޑުހައި ހޫނުކަމުގެ ކަލްޓުގެ ވެރިޔާ ކަމަށް ޝައްކު ކުރެވޭ، ޗާރޗް ލީޑަރު ޕޯލް މެކެންޒީ މިވަގުތު ހުރީ ފުލުހުންގެ ބަންދުގައިއެވެ. އޭނާ ކޯޓަށް ހާޒިރުވުމުގެ އަމުރު ވަނީ ނެރެފައިއެވެ. 

    ]]>
    Wed, 26 Apr 2023 19:56:11 +0500 މިރޫ
    ފްލޮރިޑާގައި އެބޯޝަން މަނާކުރުން https://heerasnews.com/1246 https://heerasnews.com/1246 އެމެރިކާގެ އަންހެނުންނަށް ގާނޫނުން ލިބިދީފައިވާ "ރިއޯ ވާސަސް ވޭޑް" މިދިޔަ އަހަރު އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި އުވާލުމާ އެކު އެ ސްޓޭޓަކީ އެ ގައުމުގެ ދެކުނު އިރުމަތީ ސަރަހައްދުގައި އެބޯޝަން ހަދަން ބޭނުންވާ މީހުންނަށް ރައްކާތެރި ތަނެކަށް ވިއެވެ. އެ ސްޓޭޓުން މިހާރު އެބޯޝަން ހެދުމަށް ކަނޑައަޅާފައިވާ 15 ހަފުތާގެ ލިމިޓަކީ އެންމެ ލުއި އެއް ލިމިޓެވެ. އެހެންކަމުން ގިނަ ބަޔަކު އެހެން ސްޓޭޓް ތަކުން ފްލޮރިޑާއަށް އެ ޕްރޮސީޖާ ހެދުމަށް ދަތުރުކުރެއެވެ. ބަލިވެއިންނަތާ ހަ ހަފުތާ ވުމުން އެބޯޝަން ހެދުން މަނާކުރާ މި ފިޔަވަޅުގައި އިސްތިސްނާތަކެއް ދީފައި ވަނީ ރޭޕް ނުވަތަ އިންސެސްޓްގެ މައްސަލަތަކުގައި އެބޯޝަން ހެދުމަށެވެ. ފުލުހުންގެ ރިޕޯޓަކަށް ނުވަތަ ކޯޓު އަމުރަކުން ނޫން ގޮތަކަށް ހަ ހަފްތާ ވުމަށް ފަހު އެބޯޝަނެއް ނުހެދޭނެއެވެ. 

    ހަމަސްވުމުން އެބޯޝަން މަނާކުރާ ބިލު ފްލޮރިޑާގެ ރިޕަބްލިކަން ޕާޓީ އިސްވެ އޮވެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މި ދިޔަ ބުރާސްފަތި ދުވަހު ފާސްކުރިތާ ކުޑަ އިރުކޮޅެއް ފަހުން ފްލޮރިޑާގެ ގަވަރނަރު ޑިސަންޓިސް ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެ ބިލުގައި ސޮއިކުރައްވާފައެވެ. ފްލޮރިޑާ ސްޓޭޓްގެ ރައްޔިތުންގެ ފުރާނައަށާއި އާއިލާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ގަވަރުނަރު ވިދާޅުވެފައިވެއެވެ. އަދި އެ ގާނޫނުގެ ސަބަބުން އިންސާނީ ދިރިއުޅުމުގެ ކަރާމާތް ދިފާއުކޮށް ފްލޮރިޑާ އަކީ އާއިލާއަށް ތާއީދު ކުރާ ސްޓޭޓަކަށް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

    ރިޕަބްލިކަން ޕާޓީ ފަރާތްތަކުން ބުނާގޮތުގައި މާބަނޑުކަން ގިނަ އަންހެނުންނަށް ހަ ހަފުތާ ކުރިން އެނގޭ ކަމަށެވެ. ސްޓޭޓް ސެނެޓުން މި ބިލް ފާސްކޮށްފައި ވަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާނީ މިހާރު އޮތް 15 ހަފުތާގެ ސަސްޕެންޝަނަށް އޮތް ގާނޫނީ ގޮންޖެހުމަކާ މެދު ކޯޓަކުން ހުކުމް ކޮށްގެންނެވެ.

    ގަވަރނަރ ޑިސަންޓިސް މި ބިލުގައި ސޮއިކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފްލޮރިޑާ އެލަޔަންސް އޮފް ޕްލޭންޑް ޕޭރެންޓްހޫޑް އެފިލިއޭޓްސް އިން ނެރުނު ބަޔާނެއްގައި ރޭޕް ނުވަތަ އިންސެސްޓް ކުރުމުން އެބޯޝަން މަނާކުރުމުން "ހާލުގައި ޖެހިފައިވާ ބަލި މީހުންނަށް އެދެވިގެންވާ ވަސީލަތެއް" ނުލިބޭނެ ކަމަށް ބުނެފައިވެއެވެ.

    ހަ ހަފުތާގެ އާ އެބޯޝަން ގާނޫނުގެ ނަސީބު އަދިވެސް ބިނާވެފައި ވަނީ ފްލޮރިޑާގެ ސުޕްރީމް ކޯޓުގެ އެހެން ހުކުމެއްގެ މައްޗަށެވެ. އެބޯޝަން މަނާކުރާ ގާނޫނާ ގުޅިގެން ފްލޮރިޑާގެ އެންމެ މަތީ ކޯޓުގައި މިހާރު ކުރިއަށް ދަނީ އެބޯޝަން ކްލިނިކްތަކުން އެ ސްޓޭޓުގައި 15 ހަފުތާގެ މުއްދަތައްމަނާކޮށްފައި  އޮތް ގޮންޖެހުމުގެ އަޑުއެހުމެވެ. 

    ]]>
    Mon, 17 Apr 2023 21:35:16 +0500 ދޮން މަރިޔަބު
    އެމެރިކާގައި ބަޑީން ހަމަލާދީ 3 މީހަކު މަރާލައިފި https://heerasnews.com/1040 https://heerasnews.com/1040 އެމެރިކާގައި މީހަކު ބަޑިން ހަމަލަދީ ޔުނިވަރސިޓީއެއްގައި ތިން މީހަކު މަރާލައިފިއެވެ. މިކަން ހިނގީ މިޝިގަން ސްޓޭޓް ޔުނިވާސިޓީގައެވެ. ހަމަލާދިން މީހާ ޔުނިވާސިޓީގެ ދެ އިމާރާތާކަށް ބަޑިން ހަމަލާ ދީފައިވެއެވެ. ބަޑީގެ މިހަމަލާތަކުގައި އިތުރު ފަސް މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.

    ޔުނިވަރސިޓީއަށް ބަޑީގެ ހަމަލާތައް ދޭން ފަށާފައިވަނީ މިޝިގަން ގަޑިން ހޯމަދުވަހުގެ ރޭ 8 ޖެހިއިރެވެ. އެއީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 6 ޖެހި އިރެވެ. ހާދިސާގައި ޒަހަމްވީ ފަސް މީހުންނަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެއެވެ.

    ހަމަލާދިން މީހާ ފިލާފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއެވެ. ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެ ސަރަހައްދު ގައި ދިރި އުޅޭ މީހުން ބޭރަށް ނުނިކުތުމަށާއި ރައްކާތެރިވެ ތިބުމަށް އިރުޝާދު ދިނެވެ. ފުލުހުން އެމީހާ ހޯދުމަށް ކުރި މަސައްކަތުން އެމީހާ ފެނުއިރު އެމީހާ އޮތީ ޔުނިވާސިޓީ ކެމްޕަސްގެ ބޭރުގައި މަރުވެފައެވެ. ފުލުހުން ބުނާ ގޮތުގައި ހަމަލާދިން މީހާ މަރުވެފައި ވަނީ އަމިއްލައަށް ގަޔަށް ބަޑި ޖަހައިގެންނެވެ. 

    ހަމަލާތައް އޭނާ ދީފައިވަނީ ކީއްވެ ކަމެއް އަދި ފުލުހުންގެ ތަހުގީގަކަށް ނޭގެއެވެ. ތަންތަނަށް ބަޑިޖަހާ މީހުން މެރުމާއި ޒަހަމު ކުރުމަކީ އެމެރިކާގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ. ހުސްވި އަހަރު ވެސް އެމެރިކާގައި މިފަދަ 648 ހަމަލާ ރިޕޯޓް ކޮށްފައިވާ ކަމަށްވެއެވެ. 

    ]]>
    Tue, 14 Feb 2023 13:58:16 +0500 ހީރަސް