Maldives Real Time Facts & : މާލީވެށި https://heerasnews.com/rss/category/ދރސ Maldives Real Time Facts & : މާލީވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) މުއިއްޒު ބޮޑުމަންޒަރު ދައްކަން އިސްރާފުކުރަނީ & ރައްޔިތުން ސަލާން ޖަހަނީ https://heerasnews.com/3682 https://heerasnews.com/3682 ‏އެއާރބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގާ، ޕޮކެޓްމަނީއާއި ކެއުމާއި އެކޮމޮޑޭޝަން ދީގެން ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސް ބޮޑުމަންޒަރު ދެއްކުމަށް 500 ލައްކަ ރުފިޔާ ހަރަދަށް ހިނގާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރ އަބްދުއްރަހުމާން ( އައްދު) ވިދާޅުވިއެވެ. 

އެމްޕީއައްދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމަށް ( ޕީއެންސީ ޖަލްސާއަށް މީހުން ގެންނަން) އަންލިމިޓެޑް ބަޖެޓް އޮތްވާހަކަ ވެސް އިވުނުކަމަށެވެ. 

ބޮޑުމަންޒަރު ދައްކަން ފޫނެތް ބަޖެޓެއް އޮންނައިރު އަނގަޔާއި އަތާ ދިމާނުވާ ވާހަކަ ދައްކަވާތީ މި ބޭފުޅުން ( ސަރުކާރުން) ދައްކާ ވާހަކަ ގަބޫލު ނުކުރެއްވޭ ކަމަށް މީދޫ މެންބަރ ވިދާޅުވެއެވެ. 

ފޫނެތް ބަޖެޓް ފައިބަނީ މަތިންތޯ އާއި މިކަމުން ހާސިލްކުރަން އުޅެނީ ކޮން ކަމެއްތޯ މީދޫ ދާއިރާގެ މެންބަރު ސުވާލު އުފައްދަވައެވެ.

ސަރުކާރުން މި އިސްރާފު ކުރާއިރު އެމްޕީއައްދުއަށް ފެނިވަޑައިގަންނަވަނީ ވަޒީރު އަލީ އާރިފު ވިދާޅުވެގެން ރައްޔިތުން މަސްނެތް ގަރުދިޔަ ކައިގެން ބޭސް ސިޓީއަށާއި ބޭސް ފަރުވާއަށް ސަލާންޖަހަން ތިބިތަން ކަމަށެވެ.

]]>
Sat, 15 Nov 2025 14:45:46 +0500 އެޑިޓަރ
މުޖުރިމުންގެ އަތަށް ދައުލަތުގެ ސިއްރުތައް އެރުމުގެ ނުރައްކާ https://heerasnews.com/3670 https://heerasnews.com/3670 އެންމެ މަސްލަހަތު ހުރި ގޮތަކީ ގޭންގު ލީޑަރުންނާއި ކޮރަޕްޓް މީހުންނަށް ރައްޔިތުންނާއި ގުޅޭ ހައްސާސް މައްސަލަތަކުގެ މައުލޫމާތު ހިއްސާ ކުރުންތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. 

ދައުލަތުގެ މައުލޫމާތުތައް ހުންނަނީ ޒަމާން ތަކަކުން ބިނާ ކޮށް ދިރުވާފައިވާ ދައުލަތުގެ އިދާރާ ތަކާއި މުއައްސަސާތަކުގައެވެ. އެތަން ތަނުގައި ހުންނަ މައުލޫމާތުތަކުގެ ސިއްރުކަން ދެމެހެއްޓުމަކީ ކޮންމެ ސަރުކާރެއް އޮތްނަމަވެސް ދައުލަތުގެ ޒިންމާއެކެވެ. އެކަންކަމަށް ޒިންމާވާ މުއައްސަސާތަކާއި އިދާރާތަކުގެ ބޮލުގައި އެޅިފައިވާ ކަމެކެވެ.

ސަރުކާރުތައް ބަދަލުވިއަސް އެ މުއައްސަސާތައް ދެމި އޮންނަން ޖެހޭނެއެވެ. އެހެނަސް ދިވެހި ތާރީހު މިހާތަނަށް ތަޖުރިބާ ނުކުރާ ކަންތައްތަކެއް 2023 ވަނައަހަރު ހޮވުނު ސަރުކާރުން ފަށައިފިއެވެ. ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑެވެ.

ދައުލަތުގެ އިދާރާ ތަކުގައި ރައްކާ ކުރެވިފައިވާ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމަކީ ރައްޔިތުން ހޮވާ ހަގީގީ ރައްޔިތުންގެ މަޖިލީހަކުން ކަމެއް ނުވަތަ ސަރުކާރުގެ މަޖިލިހަކުން ކަމެއް ނިންމާނީ ކިޔުންތެރިންނެވެ.

ހަމަޔަގީނުންވެސް މިހާރު އޮތް މަޖިލިހުގެ މަގާމުތަކުގައި ތިބި ގިނަ މެމްބަރުންނަކީ ނަޒާހަތްތެރިން ނޫންކަމާއި، އަމާނާތްތެރިން ނޫންކަމަށް ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކީ ނުރައްކާތެރި އެތައް ކުށްތަކެއްގައި ބައިވެރިވެ ފަސްބައި ކިލަނބު ވެފައިވާ މީހުންކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ.

އެއްބަޔަކީ މަސްތުވާ ތަކެތީގެ ރެކޯޑް އޮތް މީހުންކަމާއި، އަނެއްބަޔަކީ ވައްކަމުގެ ތުހުމަތުތައް ފުޅާކޮށް ކުރުމުގެ ރެކޯޑް އޮތް މީހުންކަމަށް ބުނެއެވެ. ކޮރަޕްޝަނާއި، ބިރު ދެއްކުމާއި ބްލެކް މެއިލް ކުރުމުގެ ތުހުމަތުތައް ގިނަ ބަޔަކު ކުރަމުންދާ ބައެކެވެ.

ދައުލަތުގެ ގިނަ މަގާމުތަކުގައި ތިބި މީހުންގެ ބަރަހަނާ މަންޒަރުތަކާއި، ނުރައްކާތެރި މައްސަލަތައް އުފައްދާ މީހުން ހުދުގަމީހުގައި ޓައީ އަޅާ ކޯޓުލައިގެން ތިބޭ ކަމީ މިއަދު ދެބަސް ނުވެވޭނެ ހަގީގަތެކެވެ.

ގާނޫނު އަސާސީއިން ސަރުކާރަށް ފާރަވެރި ވުމަށާއި ޖަވާބުދާރީ ކުރުވަން ހޮވާފައިވާ މަޖިލިސް ސަރުކާރުގެ ލައިފް ލައިނަށް ބަދަލު ކޮށްލުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އަސްލުތަކާއި ހިލާފު ހަމަތަކެއް ކަމުގައި ނޫނީ ނުވާނެއެވެ. ދައުލަތުގެ އިދާރާތަކުގައި ހުންނަ މައުލޫމާތުތަކަކީ އެ މައުލޫމާތުތަކުގެ އަލީގައި ބައެއްގެ ދިރިއުޅުން މުޅީންހެން ހަލާކު ކޮށްލެވޭނެ ވަރުގެ މައުލޫމާތެވެ.

ސިފައިންނާއި ފުލުހުންގެ އަތުގައި ހުރި މައުލޫމާތު ތަކަކީ ބައެއްގެ ދިރިއުޅުން ގުރުބާން ވެދާފަދަ މައުލޫމާތުތަކެކެވެ. ހާއްސަކޮށް ކުއްވެރި އޯގަނައިޒް ކުށްތައް އިންތިޒާމް ކުރުމުގެ ވިސްނުން ބޮޑު ބަޔަކަށް އެ މައުލޫމާތުތައް ލިބުމަކީ ކޯޓު ތަކުގައި ހިނގާ މައްސަލަތައް ނިވާ ފަތްގަނޑަކަށް ހަދާ އެބަޔަކު ލައްވާ ގިނަގުނަ ނުރަނގަޅު ކަންކަން ކުރެވިދާނެ ފަދަ މައުލޫމާތެވެ. ނުވަތަ ބައެއްގެ މާލިއްޔާ ހުސް ކޮށްލެވިދާނެ ފަދަ ނުރައްކާތެރި މައުލޫމާތެވެ. 

ގައުމީ ވިސްނުން ނުބައި ކަންކަމުގެ ފަރުދާއަކަށް ހެދުމުގެ ވިސްނުމުގައި ތިބި ކަމަށް ތުހުމަތުވާ އެފަދަ ފަރާތްތައް ދައުލަތުގެ އިދާރާތަކުގައި ހުރި މައުލޫމާތުތަކަށް އެއްވެސް ނިވަލެއް ނެތި ކައިރި ވެވޭނަމަ ދައުލަތުގެ ހިންގުމުގެ ނިޒާމަށް އިސްލާހު ގެންނަން ޖެހެއެވެ. ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ބަޔަކަށް އެކަންކަން ވެދާނެތީއެވެ. ދައުލަތުގެ އިދާރާތަކާއި މުއައްސަސާ ތަކާއި އިދާރާތައް ދެކެ ނާއުންމީދު ވެފައިވާ މީހުންގެ ވިސްނުމަށް އެ މުއައްސަސާތައް އިތުރަށް އިތުބާރު ގެއްލުމަކަށް ވެދާނެތީއެވެ. 

ސަރުކާރުގެ ދިފާއުގައި ކުރަން ނުވާނެ ކަން ކަން ހުންނާނެއެވެ. މިއަދުގެ ހާލަތަކީ ދިވެހި ދައުލަތް އެކުއެކީ އެއް ވަށިގަނޑަކަށް އަޅާން ލިބުމުން ދައުލަތެއްގެ ސިފަ ދިވެހިރާއްޖެއިން ގެއްލިގެން ދިއުމެވެ. މި ހާލަތުގައި އެފަދަ ސިއްރު ހައްސާސް ޖަރީމާތަކުގެ މައުލޫމާތު ބޮޑެތި ކުށްކުށުގެ ތުހުމަތުވާ މީހުންގެ ޖީބުގައި އޮތުމަކީ ދިވެހީންނަށް އޮތް ވަރަށްބޮޑު ބަދު ނަސީބެކެވެ. ބޮޑު މާޔޫސް ކަމެކެވެ. ދިވެހީންނަށް ދެވޭ އަނިޔާއެކެވެ. ރައްޔިތުންގެ ހައްގުތަކެއް ތަބަކަށްލާ ވިއްކުމެވެ.

]]>
Tue, 11 Nov 2025 12:00:28 +0500 އެޑިޓަރ
އިހުލާސްތެރިކޮށް ދައުލަތް ލޫޓުވާލަނީ: ހުސައިންދީ https://heerasnews.com/3660 https://heerasnews.com/3660 ބިޑަކާނުލާ ބަހާލި 2.7 ބިލިޔަންގެ ޕްރޮޖެކްޓްތަކު 90 ޕަސެންޓް މަސައްކަތް ނުކުރެވޭނެކަމަށް ފުވައްމުލަކު މެދުދާއިރާގެ ކުރީގެ މެންބަރ ވިދާޅުވެއެވެ. އޭގެން ކަޓަށް ބައެއް ކެމްޕޭންނަށް ބައެއް އެޅޭނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ. 

އޭނާ ވިދާޅުވާ ގޮތުގައި ބިޑްނުކޮށް 206 ޕްރޮޖެކްޓް ބަހާލި ބަހާލުމަކީ ސްކޭމެކެވެ. މުއިއްޒު އިސްވެހުރެ ހިންގާ އެ ސްކޭމަށް އިންވެސްޓް ކުރަނީ ބޭންކް އޮފް މޯލްޑިވްސް އިން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ގަވަރނެންސްގެ ހަމަޔާ އުސޫލާ ހިލާފަށް ދީފައިވާ ޕޮރޖެކްޓު ތަކަކަށް ކޯރޕަރޭޓް ގަވަރނެންސްގެ ހަމަ ހިފަހައްޓާކަމަށް ވާނަމަ ބީއެމްއެލް އިން އެކަމަށް އިންވެސްޓް ނުކުރާނެ ކަމަށް އޭނާ ވިދާޅުވެއެވެ. އޭނާ އެކަން ސިފަކުރައްވަނީ މާލިއްޔަތު ގާނޫނު އޮޅާލާގެން ހިންގާ ސްކޭމެއްގެ ތެރެއިން ހިންގާ ބޮޑު ލޫޓުވުމެއް ގޮތުގައެވެ.

‏ބީލަމަށް ނުލައި ދިނުން .ދައުލަތެއްގެ ނޫނީ ރައްޔިތުންގެ މުދަލާއި ފައިސާ ވެރިމީހާ ބޭނުން ބަޔަކަށް ދެވޭނެ ކަމަށް ދުނިޔޭގެ ހަމަޔާ އިންސާފާ ކޮރަޕްޝަނާ ފަސާދައާ ދެކޮޅު އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެ. ކިތަންމެ ހެޑްލައިނެއް ހެދިޔަސް މިއަށް ލޫޓުވުން ނޫން އެއްޗެއް ނުކިޔޭނެކަމަށާއި މިއީ ދުނިޔޭގެ މާލިއްޔަތު ދަންނަ ހަމައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

‏ވާދަވެރި ބީލަމަކާނުލާ، އިއުލާނެއް ނުކޮށް ދިނީމާ އެންމެ ހެޔޮ އަގަށް އެންމެ ރަގަޅަށް ކުރާ ފަރާތް އެނގެނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދަމުން ހުސެން ވިދާޅުވަނީ މި ބަހާލުން ގަަޑަށް ކޮލިފައި ވަނީ ކިހިނެއްތޯއެވެ. ކޮލިފައި ވަނީ ބައި އަޅައިގެންތޯ ވެސް އޭނާ ސުވާލު އުފައްދައެވެ. ހުސައިން ވިދާޅުވަނީ 2.7 މިލިޔަން ބަހާލުމަކީ އިޚުލާސްތެރިކޮށް ދައުލަތް ލޫޓުވާލުން ކަމަށެވެ.

]]>
Sat, 08 Nov 2025 19:50:37 +0500 އެޑިޓަރ
ރާއްޖެއަށް ފައިސާ ހޯދޭނެ މަގުތައްވަނީ ލިމިޓްވެފާ: ވޯލްޑް ބޭންކް https://heerasnews.com/3644 https://heerasnews.com/3644 ރާއްޖެއަށް ފައިސާ ހޯދެން އޮތް މަގުތައް ލިމިޓް ވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ. ވޯލްޑް ބޭންކުން އެހެން ބުނީ ރާއްޖޭގެ މާލީ ހާލަތުގެ މައްޗަށް ވޯލްޑް ބޭންކުން ނެރުނު މި އަހަރުގެ އަހަރީ ރިޕޯޓް "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް 2025"ގައެވެ.

ރާއްޖެއަށް ފައިސާ ހޯދެން އޮތް މަގުތައް އެތެރޭގެ ބޭންކުތަކާއި މަދު ބައިލެޓަރަލް ބައިވެރިންކޮޅަކާއި އަގު ބޮޑު ކޮމާޝަލް ދަރަންޏަށް ލިމިޓުވެފައި ވާކަން ފާހަގަ ކުރަމުން ވޯލްޑް ބޭންކުން ބުނެފައިވަނީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާއި ގުޅިގެން ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވުމަކީ ވޯލްޑް ބޭންކްގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައެވެ.  

ރާއްޖޭގެ މާލީ ހާލަތުގެ މައްޗަށް ވޯލްޑް ބޭންކުން ނެރުނު މިއަހަރުގެ އަހަރީ ރިޕޯޓް ބުނާގޮތުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ޕްރެޝަރު ބޮޑުވެ، އަމިއްލަ ވިޔަފާރިތަކަށް ޑޮލަރު ލިބުން އަންނަނީ ވަރަށް ބޮޑަށް ދަތިވަމުންނެވެ. ބޭރުން ފައިސާ ލިބުން ދަތިވެ، އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު ބޮޑުވުމުން ބޭންކުތަކުން ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓުކޮށްފައިވާ މިންވަރު މި އަހަރު ބޮޑުތަނުން އިތުރުވެފައި ވާކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

މާލީ ކަންކަން ހަރުދަނާ ކުރުމުގެ ނަމުގައި ސަރުކާރާއި އެމްއެމްއޭއިން އެޅި ފިޔަވަޅުތަކުން ދައުލަތުގެ މާލީ ކަންކަމާއި ރިޒާވަށް ވަގުތީ ލުޔެއް ލިބުނު ނަމަވެސް ދަރަންޏާއި ބޭރު ފައިސާގެ ނުރައްކާ އިހުނެކޭ އެއް ވަރަށް ދެމިއޮތް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރިލްގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ރާއްޖޭން ދެއްކުމަށް ހުރި ދަތިތައް އަދިވެސް ވަރަށް ބޮޑު ކަމަށް ވޯލްޑް ބޭންކުން ދެކެއެވެ.

ރާއްޖޭގެ ބަޖެޓު ސާޕްލަސް ކޮށްފައި ބޭއްވުމަށް، މުދަލާއި ހިދުމަތުގެ އަގަށް ފައިސާ ނުދައްކައި ހުރި ބިލުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ވޯލްޑް ބޭންކުން ގަބޫލު ކުރެއެވެ. ވޯލްޑް ބޭންކުން ބުނަނީ ކެޕިޓަލް ހަރަދުތައް ކުރުން މަޑުޖައްސާލާފައި އޮތަސް ސަރުކާރުން ބުނި ގޮތަށް އިގުތިސޯދީ އިސްލާހީ އެޖެންޑާގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. 

]]>
Sat, 01 Nov 2025 12:21:25 +0500 އެޑިޓަރ
ނޭވާހޮޅީ ވައްކަމޭ ކިޔައިގެން މުއިއްޒު ހެދީ ދޮގުކަން ސާބިތުވެއްޖެ https://heerasnews.com/3600 https://heerasnews.com/3600 ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ދައުލަތަކަށް ނުއޮންނެއެވެ. ފުރާނަ ސަލާމަތްކުރުމާ ޖެހުމުން އުސޫލުތަކާއި ހަމަތަކަށް ބަލައިގެން ވެވަށް ވެއްޓުނު ގެރިއަށް ވާން ދޫކޮށެއް ނުލެވޭނެއެވެ. 

ކޮވިޑްގެ އާލަމީ ވަބާގައި މުޅި ދުނިޔެ އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. މާތްވެގެންވާ ހައްޖުގެ އަޅުކަމާއި ޖަމާއަތުގެ ނަމާދު ވެސް ކުރުންމެއް އެހާލަތުގައި ނެތެވެ. މިސްކިތްތައްވެސް ހުރީ ބަންދުވެފައެވެ. މުޅި ދުނިޔެ އޮތީ ހުއްޓި އެމީހަކު ހުރިތާކު އެމީހަކު ހުރީ ބަންދު ވެފައެވެ.

ރާއްޖޭގައިވެސް އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ. ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ކުއްލި ނުރައްކަލުގެ ހާލަތު އޮތީ މަޖުބޫރުކޮށްފައެވެ. 

ކޮވިޑާއިއެކު އެންމެ ބޮޑަށް މުޅިދުނިޔޭންވެސް ބޭނުންވެ ނުލިބިގެން އުޅުނު އެންމެ މުހިންމު އެކައްޗަކި ވެންޓިލޭޓަރެެވެ. ދުނިޔޭގެ އެންމެ މުއްސަދި ގައުމުތައް ވެސް އޮތީ ވެންޓިލޭޓަރަށް ޖެހިފައެވެ. އެބަޔަކަށް އަތުޖެހުނު ގޮތަކަށް ވެންޓިލެޓަރ ހޯދުންނޫން އެއްވެސް ބަޔަކަށް ނެތެވެ. ވެންޓިލޭޓަރ ފޯރުކޮށްދޭން ބުނާ ބަޔަކު ބުނިގޮތަކަށް ހަދައިގެންވެސް ވެންޓިލޭޓަރ ހޯދަން އޭރު މަޖުބޫރެވެ. 

ހުރިހާ ޕްރޮސީޖަރތައް ފުރިހަމަކޮށްގެން ވެންޓިލޭޓަރ ހޯދަން އުޅެގެން ވެންޓިލޭޓަރ ލިބުމަށްވުރެ ނުލިބުންގަތެވެ. ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުން ދެއްކި ފަރާތަކަށް އިތުބާރުކޮށް އެޑްވާންސްކޮށް ފައިސާ ދިނުން ނޫން އެއްވެސް ގޮތެއް އޭރު ރާއްޖެއަކަށް ނެތެވެ. 

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސްކޭމެއް ހިންގައިގެން ބަޔަކު ޖަރިމާއެއް ހިންގަފާނެކަމަށް ގަބޫލު ކުރެވޭނީވެސް ޑަބްލިޔުއެޗްއޯ އިން ލަފާދިފައި ނެތްނަމަތާއެވެ. 

އާހިރުގައި ވެންޓިލޭޓަރ މައްސަލައަކީ އޭރުގެ ސަރުކާރުންވީ ހިޔާނަތަކަށް ހަދައިގެން އޭރުގެ ވާދަވެރިންނާއި މިހާރުގެ ސަރުކަރުން އުފެއްދި ފިތުނައަކީ ހަގީގަތެއް ނުންކަން ސާބިތު ވެއްޖެއެވެ. ވެންޓިލޭޓަރ މައްސަލައިގައި ކުރީގެ ސަރުކާރުން ވެފައިވާ ހިޔާނާތެއް ނެއްކަން ޔޫއޭއިގެ ކޯޓް ހުކުމުން ކިތަންމެ ރަނގަޅަކަށްވެސް ސާފުވެއްޖެއެވެ.

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރު އެ ކުންފުންޏަށް އެވަނީ އަމުރުކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ހަވާލުވީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އެވެ.

]]>
Thu, 09 Oct 2025 22:18:00 +0500 އެޑިޓަރ
މުޒާހަރާ ހުއްޓުވަން ނެރުނު ފެނަކަ އޮޑިޓް ރިޕޯޓްގައި ބޮޑެތި އޮޅުވާލުން! https://heerasnews.com/3577 https://heerasnews.com/3577 ރައީސް އޮފީހުގެ ވެބްސައިޓާއި ފެނަކަ ވެބްސައިޓާއި ނޫސްތަކުން ފެންނަން ހުރި މައުލޫމާތާއި ރަށްރަށުގައި ހިންގާފައިހުރި މަސައްކަތްތަކަށް ބަލާ ކްރޮސް ޗެކް ހެދުމުން ފެނަކައިގެ އޮޑިޓް ރިޕޯޓްެ މަގުސަދު ސާފެވެ. ނިޔާޒީ ތައައްސުބުން ކަޅިވެގެން ވެރިމީހާގެ މަސްލަހަތުގައި ވަކި މަންޒަރެއް ދައްކަން ނެރެފައިވާ ރިޕޯޓެކޭ ނުބުނާ ވަރެއް ނޫނެވެ. 

ރައީސް މުއިއްޒުގެ އޯޑަރަަށް ނެރެދިން އޯޑިޓް ރިޕޯޓުން ދައްކައިދޭން އުޅެފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި އަލަށް އަޅާ ހުޅުވާފައިވަނީ އެންމެ 16  އިންޖީނުގެ ކަމަށެވެ. އެކަމަކު ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް އަތްލެވޭ ލޯމަތީގައި ފެންނަން ހުރި ކަންކަމެއް ނިޔާޒީއަކަށް ވެސް އޮޅުވައެއް ނުލެވޭނެއެވެ.

ދިމާލަށް ފެންނަން އޮތް ހަގީގަތަކީ ރައީސް ސޯލިހުގެ ވެރިކަމުގަައި 77 ރަށެއްގައި މުޅިން އަލަށް އިންޖީނުގެ އަަޅައި ހުޅުވާ އެތަންތާ މިހާރު ވެސް މަސައްކަތް ކުރަމުން ދާކަމެވެ. މުއިއްޒު ވެރިކަމާ ހަވާލުވީއިރު 20 ރަށެއްގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރެވެމުން ދިޔައެވެ. 21 ރަށެއްގެ މަސައްކަތް ހަވާލުކުރެވި އަމަލީ މަސައްކަތް ނުފެށި އޮތެވެ. އޮޑިޓް ރިޕޯޓްގައި މަސައްކަތް އަދިވެސް ނުނިމޭ ކަމަށް އެ ބުނަނީ އެ 41 ތަނުގެ ވާހަކައެވެ. މުއިއްޒު ވެރިކަމަށް އައިފަހުން އެއިން އެއްވެސް ކަމެއް ނުކުރާކަމަށް ހެކި އެދެނީ އަމިއްލައަށެވެ.

ހަމައެކަނި 2019 ވަނަ އަހަރުން ފެށިގެން 2022 ވަނައަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށްވެސް ފެނަކައިން 39 ރަށެއްގައި މުޅިން އަލަށް އިންޖީނުގެ ބިނާކޮށް ހުޅުވާފައިވާކަން ކަށަވަރުވެއެވެ. އެގޮތުން 2022 ގެ ޖެނުއަރީގެ ނިޔަލަށް މަސައްކަތް ހިނގަމުންދާ ނުނިމިހުރި އިންޖީނުގެ ތަކުގެ އަދަދަކީ 31 އެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު އަލަށް އަޅާ އޮޕަރޭޝަނަށް 77 އިންޖީނުގެ ގެނެވިފައި އެހުރީ ފައިސާ ހޭދަ ނުކޮށެއް ނޫނެވެ. ރަނަގަޅަށް ލޯ ހުޅުވައިގެން އިންސާފުވެރި އޮޑިޓެއް ކުރިނަމަ ނިޔާޒީއަށް ފެނުނު މަންޒަރު ތަފާތުވީހެވެ. ނުބައި ނިޔަތެއްގައި ކުރާ އޮޑިޓަކުން ރަނގަޅެއް ފެނުމަކީ މުސްތަހީލު ކަމެކެވެ. 

ފެނަކައިގެ ބޮޑު ހިޔާނާތޭ ކިޔައިގެން އެމްޑީޕީ ސަރުކާރާ ދެކޮޅަށް ކޮރަޕްޝަނާއި ފަސާދައިގެ ތުުމަތު ކުރަން ނިޔާޒީ ލައްވާ ކިތަންމެ ބޮޑު އޮޅުވާލުމެއް އޮޅުވާލިޔަސް 2018 ނޮވެންބަރ 17 އިން 2023 ގެ ނޮވެންބަރ 17 އަށް އޮތް އެމްޑީޕީ ކޯލިޝަން ވެރިކަމުގައި 17،000 ކިލޯމީޓަރުގެ ކޭބަލް ނެޓްވޯކް ރާއްޖޭގެ އެތައް ރަށެއްގައި ގާއިމްކޮށްދީފައި ނުވާ ކަމަކަށް ނުހެދޭނެއެވެ. މުޅިން އަލަށް އެކި ވަރުގެ 313 ޖަނަރޭޓަރު ސެޓު ބަހައްޓައި 150 މެގަވޯޓަށް ވުރެ އިތުރަށް ކަރަންޓު އުފެއްދޭ މިންވަރަށް ފެނަކައިގެ ކަރަންޓް ކެޕޭސިޓީ ފުޅާކޮށް އިތުރު ނުކުރާ ކަމަކަށްވެސް ނުވާނެއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި މުޅިން އަލަށް އިންޖީނުގެ އެޅި 77 ރަށާއި ކުރިން އެކަށީގެންވާ ފެންވަރެއްގައި ބިނާކުރެވިފައިވާ އިންޖީނުގެތައް ހުރި ރަށްރަށް ހިމަނައިގެން ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓްކެނޑުން ނިމުމަކަށް ގެނައިކަން ރަށްރަށު މީހުންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. ރަށްރަށުގައި ކަރަންތް ކެނޑިގެން މީހުންގެ އިލެކްޓްރިކް އާލާތައް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުން ނިމުމަކަށް ގެނައިކަންވެސް ހަނދާން ހުންނާނެއެވެ. 

ރަށްރަށުގެ ރައްޔިތުންނަށް ދެވޭ ކަރަންޓްގެ ހިދުމަތަށް އިންގިލާބީ ހެޔޮބަދަލެއް ގެނެސް މުޅި ރާއްޖެއަށް ކަރަންޓްގެ ނަފާ ލިބި ދިނުމަކީ ކުރީ ސަރުކާރުން ވީ ހިޔާނާތަކަށް ހަނދަން މުއިއްޒު ތިޔަ ޖަހާ ސަކަރާތް ހުއްޓާލާ ރައްޔިތުންނަށް ލާބަހުރި ކަމެއްކޮށްދެވޭތޯ އުޅެބަލާށެވެ. ރައްޔިތުންގެ ލޯބި ހޯދާނީ ތެދުވެރި ހިދުމަތުންނެވެ. ގަދަބަދަވި ކަމުން ލޯތްބެއް ނުހޯދޭނެއެވެ.

]]>
Sat, 27 Sep 2025 11:18:43 +0500 އެޑިޓަރ
މާލީ ވުޒާރާގައި ލުޓޭރުންގެ އިސްތިއުފާއާށް ގޮވަނީ! https://heerasnews.com/3523 https://heerasnews.com/3523 ސަރުކާރުގެ ދެ އަހަރުގެ ދަރަނި 38.1 ބިލިއަން ރުފިޔާގައެވެ. 2 އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 110 ބިލިޔަން ރުފިޔާ ތަޅާ ހުސްކޮށް ލައިފިއެވެ. އެކަމަކު 2 އަހަރު ވީއިރު ވީކަމެއް ކުރެވުނު ކަމެއް ހަރާމުން ހަރާމެވެ.

އަމިއްލަ ވިޔަފާރިތަކުން ކޮށްފައިވާ މަސައްކަތާއި ދީފައިވާ ހިދުމަތަށް ސަރުކާރުން ފައިސާއެއް ނުދެއެވެ. ފިނޭންސް މިނިސްޓަރު ޒަމީރު މަޖިލީހަށް ޖަވާބުދާރީއެއް ނުވެއެވެ.

އަމިއްލަ ވިޔަފާރިތަކުން ކޮށްފައިވާ މަސައްކަތާއި ދީފައިވާ ހިދުމަތަށް ސަރުކާރުން ފައިސާ ނުދޭތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން މިނިސްޓަރ ޒަމީރާ ބައްދަލު ކުރަން ވަޑައިގަތުމުން ފުލުހުން އަޅަނީ ހުރަހެވެ.  އެންމެ ފަހުން އެކަން މުޒާހަރާއަކަށް ބަދަލުވުމުން ނޫނީ މަޖިލީހުގެ މެންބަރުންނާ މިނިސްޓަރަށް ބައްދަލު ކުރެވުނު ކަމަކަށް ނުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން އަދިވެސް ތިއްބެވީ ފިނޭންސް މިނިސްޓްރީގެ އެތެރޭގައެވެ. ފިނޭންސް މިނިސްޓްރީގެ ބޭރުގައި މިހާރު ވެސް ދަނީ އާއްމުންގެ އެތައް ބަޔަކު މުޒާހަރާ ކުރަމުންނެވެ. މާލީ ވުޒާރާގެ އެތެރެ ގުގުމާލާފައިވަނީ ލުޓޭރުން އިސްތިއުފާއަށް ގޮވާލެވޭ އަޑުންނެވެ.

ރައްޔިތުންނަށް ދޭންޖެހޭ ފައިސާނުދީ ހިފަހައްޓައިގެން ފިލައިގެން އުޅޭތީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އާއި ޑިކްޓޭޓަރ މުއިއްޒުގެ އިސްތިއުފާއަށް އާއްމުން ގޮވަމުން ދަނީ ފިނޭންސް މިނިސްޓްރީ ދޮރުމަތީގައެވެ. ފިނޭންސް މިނިސްޓްރީ ދޮރުމަތީގައި މުޒާހަރާ ކުރިއަށް ދަނީ ދުސްތޫރީ ޑިކްޓޭޓަރޝިޕަކަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުން ވަނީ އަޅުވެތިކޮށް ކޮށްފައިވާ މަސައްކަތާއި ދީފައިވާ ހިދުމަތަށް ސަރުކާރުން ފައިސާ ނުދީގެންނެވެ.

]]>
Mon, 08 Sep 2025 12:50:51 +0500 އެޑިޓަރ
ދިއްފުށީ ޓޫރިޒަމް ޒޯނަށް ބިޑުކުރި މީހުނަށްވެސް މުއިއްޒުގެ އަނިޔާ! https://heerasnews.com/3495 https://heerasnews.com/3495 ދިއްފުށީގައި ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން ބިން ކުއްޔަށް ދިނުމަށް މާލެއަތޮޅު ދިއްފުށީ ކައުންސިލް އިދާރާއިން ކުރި އެ ކައުންސިލްގެ ނަމްބަރު (IUL)332-ESD/332/2025/109 އިއުލާނާއި ގުޅިގެން 22 ފަރާތަކުން ވަނީ ބިޑު ހަށަހަޅާފައެވެ. ބިޑް ފޮތެއް ވިއްކާފައިވަނީ -/25،000ރ. އަށެވެ. ބިޑު ހުށަހެޅި 22 ފަރާތުންން ބިޑު ފޮތުގެ އަގުގެ ގޮތުގައި ދިއްފުށީ ކައުންސިލަށް ޖުމްލަ -/550،000ރ ވަނީ ލިބިފައެވެ. 

ބިޑުކުރި ފަރާތްތަކުން ބިޑު ޑޮކިއުމަންޓްތައް ހެދުމަށް ބޮޑެތި ހަރަދުތަކެއް ވަނީ ކޮށްފައެވެ. ބައެއް ފަރާތްތަކުން ލޯނުގެ ގޮތުގައި އެކި ފަރާތްތަކުން ފައިސާ ހޯދައިގެން ވެސް ބިޑު ޑޮކިއުމަންޓް ހަދާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ބިޑު ޑޮކިއުމަންޓަށް 1 ލައްކަ އާއި 3 ލައްކަ ރުފިޔާއާއި ދެމެދުގެ ހަރަދުތަކެއް ކޮށްފައިވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދެއެވެ.

ބިޑު ހުށަހަޅަން އޮތް ސުންގަޑިއަކީ މިމަހު 26 ވަނަ ދުވަހުގެ 13.00 އެވެ. އެދުވަހުގެ އެގަޑިއަށް ބިޑް ޑޮކިއުމަންޓްތައް ހުށަހެޅި ފަހުން ރައީސް މުއިއްޒުގެ  އެންގުމަށް ބިޑް ހުށަހެޅުން ވަނީ ހުއްޓުވާފައެވެ. ބިޑް ހުށަހެޅުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ބޮޑުހޭދައަކާއި ބުރަ މަސައްކަތްތަކެއް ކުރި ފަހުން މިފަދަ ނިންމުމެއް ނިންމުމުން ދިމާވާ މާލީ ބޮޑު ގެއްލުންތަކުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ. ލިބުނު ގެއްލުމަށް ބަދަލެއް ލިބޭނެ ގޮތެއް ނެތެވެ. ކުރި ހަރަދު ހޯދުމަށް ދައުވާއެއް ކުރިނަމަވެސް އެކަމަށް އިތުރު ހަރަދުތައް ހިގުމުގެ އިތުރަށް މައްސަލަ ބަލާ ނިންމަން އެތައް އަހަރު ތަކެއް ނަގާނެއެވެ. ޗާރީއަތް ނުނިމި ދިގުލައިގެން ގޮސް ޒަމާންތަކަކަށްފަހު ޝަރީއަތް ނިމޭއިރު ދިވެހި ފައިސާގެ އަގުވެއްޓީ ޑޮލަރަކަށް ހުންނާނީ 35ރ ނޫންކަމެއް ނޭގެއެވެ.

ރައްޔިތުން ދަތިތަކުން އަރައިގަތުމަށް އެކިކަހަލަ މަސައްކަތްތައް ކުރުމަށް އަވަދިނެތި އުޅޭއިރު މުއިއްޒު އާދަމް ޝަރީފު ލައްވާ ނިންމި މި އަނިޔާވެރި ނިންމުމުގެ ގެއްލުން ބަލާލަން ޖެހެއެވެ. ދިއްފުށީ ޓޫރިޒަމް ޒޯނަށް ބިޑުކުރި ގިނަ މީހުން ޓީމްތައް ހަދައިގެން 24 ވަނަ ދުވަހުން ފެށިގެން ބިޑް ހުށަހަޅަން ދިއްފުއްޓަށް ވަނީ އަރާފައެވެ،. ބިޑްތައް ބާތިލުކުރުމުން އެކަމާ ގުޅިގެން އެތައްބަޔަކު މިމަހުގެ 26 ވަނަ ދުވަހު ލޯންޗުތަކާއި ފެރީތަކުގައި ދިއްފުއްޓަށް ދިޔައެވެ. ދިޔައީ ހައްގު ހޯދުމަށެވެ. އެހެނެއް ކަމަކު މުއިއްޒުގެ ވެރިކަމުގައި އާއްމު ރައްޔިތަކަށް ލިބޭނެ ހައްގެއް އިންސާފެއް އޮންނާނެ ހެއްޔެވެ.

ބިޑު ހުށަހަޅާފައި ކައުންސިލް އިދާރާއިން ނުނިކުމެވެނީސް ބިޑް ކެންސަލް ކަމަށް ވަނީ އަންގާފައެވެ. ހަމައެއް ލަމައެއް ނެތި ރައްޔިތުންނަށް އަނިޔާވެރި ވުމަށް މުއިއްޒު ފޫގަޅާފައި ހުރުމުން ދިއްފުށީ ޓޫރިޒަމް ޒޯނަށް ބިޑްކުރި މީހުނަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއްދީ ސަރުކާރުން އަނިޔާވެރިވެއްޖެއެވެ. މުއިއްޒުގެ މުށުތެރޭގައި މުޅި ދައުލަތް އޮތުމުން އިންސާފު ހޯދަން ދާނެތަނެއް ނެތެވެ. 

]]>
Wed, 27 Aug 2025 10:56:22 +0500 އެޑިޓަރ
ދުށްތަން: ވެލާނާ އެއަރޕޯޓަށް ކާކު ކުރީ ކީއް! https://heerasnews.com/3428 https://heerasnews.com/3428 ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް އެންމެ މިޒަމާނުގެ ފެންވަރަށް ގެނައުމަށް ކޮންވެރިކަމެއްގައި ކުރީ ކީއްކަން ދިވެހިންނަކަށް ނޯޅެއެވެ. ޖީއެމްއާރު އަތުން ގަދަކަމުން އެއަރޕޯޓް އަތުލާ ދައުލަތަށް އެތައް ބޮޑުގެއްލުމެއް ދިނީ ޔާމީނުގެ ގޮނޑިކޮއްކޮ ރައީސް ވަހީދެވެ. އުފެދުމުގައިވެސް ބާތިލު އެގްރިމެންޓެއް ކަމަށްބުނެ ޖީއެމްއާރު އެގްރިމަންޓް ބާތިލުކޮށް 271 މިލިޔަން ޑޮލަރ ގެއްލުމުގެ ބަދަލުގެ ގޮތުގައި ރާއްޖޭން ދޭން ޖެއްސިއިރު ވެރިކަމުގައި ވަހީދު ހުއްޓަސް އެބުރަ ދައުލަތަށް ޖެއްސީ ޔާމީނު ނޫން ދެވަނަ މީހެއް ނޫނެވެ. 

ޖީއެމްއާރުން އެއަރޕޯޓް ވަކިކޮށްލުމަށްފަހު މަޖުބޫރުވެގެން ވެލާނާ އިންޓަނެޝަން އެއަރޕޯޓް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ފެށީ ރައީސް ޔާމީނެވެ. ރައީސް ޔާމީނު ވެރިކަމުގައި ޗައިނާގެ އެގްޒިމް ބޭންކުން ދެ ފަހަރެއްގެ މަތީން 500 މިލިޔަން ޑޮލަރު ލޯނެއް ދީގެން އައު ރަންވޭއެއް އަޅާދިނީ ޗައިނާ މީހުން ލައްވާ ޗައިނާ ސަރުކާރުންނެވެ. އެކަން ނިމިދިޔައީ އެ ފައިސާއިން ރޯގިލަ ކަންފުޅެއްވެސް ޔާމީނަށް ނުވެ ގައުމު ދަރަނިވެރި ކުރުވާފައެވެ.

ހުޅުލޭގައި ފަސިންޖަރ ޓާމިނަލް އެޅުމަށް ބިންހިއްކާ ޓާމިނަލް އެޅުމަށް އަބޫދާބީ ފަންޑާއި ސައުދީ ސަރުކާރު މެދުވެރިކޮށްގެން 800 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެކިފަހަރު މަތީން ރައީސް ޔާމީނު ވެރިކަމުގައި ހޯދިއެވެ. މާސިންގާ ދަރަންޏެކެވެ. އެދަރނީގެ ދަށުން އެއަރޕޯޓްގެ ބިން ހިއްކާ ޓާމިނަލް އެޅުމަށް ހަވާލުކުރީ ސައުދީ އަރަބިޔާގެ ބިންލާދިން ކުންފުންޏާއެވެ. އެއަރޕޯޓްގެ ބިން ހިއްކާ ޓާމިނަލް އެޅުމަށް ބޭނުންވާ ފައިސާއިން ބައެއް ބިންލާދިން ކުންފުންޏަށް ދިންނަމަވެސް 800 މިލިޔަން ޑޮލަރުގެ ތެރެއިން ވެސް ބޮޑު ބަޔަކަށް ޔާމީނުވީ ހިޔާނާތްތެރިއެވެ. 

ޔާމީނު އެ ބޮޑު ލޯނަށްވެސް ހިޔާނާތްތެރިވެ ބައެއް ދަވާލުމުގެ ނަތީޖާއަކަށްވީ ޓާމިނަލް އަޅަން ހަވާލުކޮށްފައިވާ ބިންލާދިން ގްރޫޕަށް ފައިސާ ނުދޭތީ ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމެވެ. އާ ޓާމިނަލްގެ ފައުންޑޭޝަން އެޅިގޮތަށް މަސައްކަތް ހުއްޓި އެގްރިމަންޓް ބާތިލުކުރާ ހިސާބަށް ދިޔުމެވެ. ޔާމީނުގެ ވެރިކަން ނިމުނީ ހިޔާނާތާ ހެދި އަރަބިންނާ ޔާމީނު ސަރުކާރާ މައްސަލަޖެހި އެ ނުތަނަވަސް ކަމުގައި އޮއްވައެވެ. 

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތްއިރު އާޓާމިނަލް އަޅަން ބިންހިއްކާ ފައުންޑޭޝަން އަޅާފައި އޮތް ހިސާބުން ފަށައިގެން އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްކުރީ ސައުދީ ސަރުކާރާއި އަބޫދާބީ ފަންޑްގެ ލަފަޔާ އިރުޝާދާ އެހީތެރިކަމާއެކުގައެވެ. އެއަރޕޯޓްތަރައްގީ ކުރަމުންއައި ބިންލާދިން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ދަމަހައްޓާ ޑިޒައިނަށް ބަދަލުތަކެއްގެނެސް އިތުރު ފައިސާ ހޯދައިގެން މަސައްކަތް ރޭވުންތެރިކަމާއެކު ރައީސް ސޯލިހު ފަށައިގަތެވެ.

ކޮވިޑްގެ އާލަމީ ވަބާއާއި ހެދި ހިސާބެއްގެ ދަތިތަކެއް މަސައްކަތަށް ކުރިމަތިވިޔަސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ދިޔައެވެ. ޒަމާނީ ހުރިހާ ވަސީލަތަކާއެކު އަހަރަކު 120000 (އެއްލައްކަ ވިހިހާސް) ޓަނުގެ ހިދުމަތް ދެވޭވަރުގެ ކާގޯ ޓަރމިނަލެއް ރައީސް ސޯލިހު ނިންމެވިއެވެ. ފަސިންޖަރ ޓާމިނަލަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެތެރެކުރުމާއި މުޅި ޓާމިނަލްގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތަކާއި މައިގަނޑު ބޮޑެތި ހުރިހާ މަސައްކަތެއް ރައީސް ސޯލިހު ވެރިކަމުގައި ވަނީ ކޮށް ނިމިފައެވެ. އެއްބަސްވެފައިވާ ގޮތަށް ހުރިހާ މަސައްކަތެއް ބިންލާދިން ގްރޫޕުން ނިންމަން ކަނޑައެޅިފައި އޮތީ އަންނަ އޮކްޓޫބަރު މަހެވެ. 

ރައީސް މުއިއްޒު އަވަސް އަރުވާލައިގެން މުޅިން ނުނިމޭ އެއަރޕޯޓެއް ޖުލައި 26ގައި ހުޅުވި ހުޅުމަކީ ކާމިޔާބެއް ނޫނެވެ. އެއްބަސްވުމެއްގެ ދަށުން ބަޔަކު ވަކިފެންވަރެއްގައި ކުރަމުން ދިޔަ މަސައްކަތެއްގެ ތެރެއަށް އެއަރޕޯޓް މުއައްޒަފުން ވައްދާ ދަނޑި ބާނައިގެން އެމީހުން ލައްވާ ނަމަކަށް ކަމެއް ކުރުމަކީ ގަސްދުގައި ދިން ބޮޑުގެއްލުމެކެވެ. ޓާމިނަލްގެ މަސައްކަތުގެ ފެންވަރު ދަށްވުމަށް މެދުވެރިކުރި ސަބަބެކެވެ. 

ބިންލާދިން ގްރޫޕުން މަސައްކަތް މުޅީން ނިންމާ ހަވާލުކުރަންދެން ކެތްނުވެގެން ޓާމިނަލް މުޅީން ނުނިމެނީސް ރައީސް މުއިއްޒު ހުޅުވި ހުޅުވުމަކީ ކުރި ބޮޑު އިސްރާފެކެވެ. ޓާމިނަލްގެ ކޮލިޓީ ދަށްވެގެން ދިޔަކަމެކެވެ.  

]]>
Sun, 27 Jul 2025 12:00:00 +0500 އެޑިޓަރ
އާންމުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެގެން ހިގައްޖެ: އާޒިމް https://heerasnews.com/3412 https://heerasnews.com/3412 ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް ދިޔުމުން އާއްމު ފަރުދުންގެ ފިރިއުޅުން ދަތިވެއްޖެކަމަށް މާލޭ މޭޔަރ ވިދާޅުވެއްޖެއެވެ. އެކްސްގައި ރޭގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ އާޒިމް ވިދާޅުވީ " ޑޮލަރުގެ އަގު  20.20 (ވިހިރުފިޔާ ވިހިލާރިއަށް) އަށް މަތިވެގެން ދިއުމުގެ ސަބަބުން ވިޔަފާރި ތަކަށް ދަތި އުދަގޫވުމުގެ އިތުރުން އާންމު ފަރުދުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެގެން ހިގައްޖެ"ކަމަށެވެ. 

މާލެ ސިޓީގެ މޭޔަރ އޮނަރަބަލް އާދަމް އާޒިމް އިތުރަށް ވިދާޅުވި ގޮތުގައި މީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މިކަމުގައި ރާއްޖޭގެ އެންމެހައި ރައްޔިތުން އުފުލަމުންދާ ތަކުލީފަށް ހައްލެއް ހޯދައި ދިނުމުގެ އެއްވެސް އަމަލި ސިފައެއް މިސަރުކާރުގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީސް ތަކުން ފެންނަމުން ނުދާކަން ހިތާމައާއި އެކު މާލޭ މޭޔަރ ފާހަގަ ކުރެއްވިއެވެ.

އެގޮތުން އާޒިމު ވިދާޅުވީ ނަތީޖާއަކަށް ވެގެން ދާނީ ރާއްޖެ ބަގުރޫޓްވާ ހާލަތަށް ވެއްޓި ގައުމީ އަދި އިގްތިސާދީ މިނިވަންކަން ގެއްލި ރައްޔިތުން ބިކަވުން ކަމަށެވެ.  ސިޔާސީ ނާޖާއިޒު ބޭނުމަށް އިތުރު ބޭކާރު ހަރަދުތައް ނުކޮށް ސަރުކާރުގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީސް ހަމަމަގަށް އަޅުވާ ޑޮލަރުގެ އަގު އުފުލްން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މާލޭ މޭޔަރު ސަރުކާރަށް ގޮވާލެއްވިއެވެ. 

ސަރުކާރުން އިސްނަގައިގެން އަޅަންފެށި ދެއުޅިއެއްނުވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރުން ޑޮލަރު ލިބުންދަތިވެ ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 20/20ރ އަށް މިހާރުވަނީ އަރާފައެވެ. 

]]>
Fri, 18 Jul 2025 12:20:30 +0500 އެޑިޓަރ
ސަރުކާރުގެ މާލީ ސިޔާސަތު ފޭލިވުމުގެ ބުރަ އާއްމު ރައްޔިތުންނަށް https://heerasnews.com/3388 https://heerasnews.com/3388 އީ ކޮމާޝަލް ޕްލެޓްފޯމް ތަކުން ތަކެތި ގަންނަން ޑޮލަރު ދެން ޑޮލަރު ގަންނަން ލިބޭނީ ކަޅު ބާޒާރަށްވުރެވެސް އަގުބޮޑުކޮށް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މާލީ ސިޔާސަތު ފޭލްވުމުގެ ބުރަ އުފުލަން މި ޖެހުނީ އާންމު ރައްޔިތުން ކަމަށް ވެސް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއެވެ.

އޮނަރަބަލް ޝާހިދު އެ މޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ ބީއެމްއެލުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށް, ތެމޫ އަދި ޝެއިން ފަދަ އީ ކޮމާސް ޕްލެޓްފޯމް ތަކުން ކުރާ ވިޔަފާރި ތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމާ ގުޅިގެންނެވެ.

އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާއިރު 30 ޕަސެންޓާއާ ހަމައަށް ފީއެއް ނެގޭނެ ކަމަށް ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން ޝާހިދު އެކްސްގަައި ވިދާޅުވީ ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑު ކުރުމުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ.

30 ޕަސަންޓުގެ ފީގެ ސަބަބުން ރައްޔިތުން، އީ ކޮމާޝަލް ޕްލެޓްފޯމް ތަކުން ތަކެތި ގަންނަން ޖެހޭނީ ޑޮލަރުގެ ކަޅު ބާޒާރަށްވުރެ އަގުބޮޑުކޮށް ކަމަށް ވިދާޅުވީ އެއީ ބޭރުފައިސާ އާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. މިއީ ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅު ބަލައި، ގިނައިން ބޭންކަށް ޑޮލަރު ހޯދުމުގެ ގޮތުން ބީއެމްއެލްއިން ނިންމި ނިންމުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ފެއިލްވެފައިވާ އިގްތިސޯދީ ބުރަ އާންމު ރައްޔިތުން ތަހައްމަލު ކުރަންޖެހޭ ބީދާއިން ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓު ތަކަށް އޮންނަ އެކްސެސް ދިވެހި ރައްޔިތުންގެ އަތުން ނިގުޅައި ގަނެވެމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

]]>
Mon, 30 Jun 2025 17:05:19 +0500 އެޑިޓަރ
ޑޮލަރުގެ އަގު އުފުލެނީ މުއިއްޒު ކަޅުބާޒާރަށް މަހުޖަނުން ނެރުވީމަ! https://heerasnews.com/3374 https://heerasnews.com/3374 ޑޮލަރުގެ އަގުވައްޓާލުމުގެ ބޭނުމުގައި މުއިއްޒު އެޅިފިޔަވަޅު ވެސް ގޮވީ އަތަށެވެ. ޓޫރިޒަމް ވިޔަފާރިތަކުގެ އާމްދަނީން ސާޅީހަކަށް ޕަސެންޓް ޓެކްސާއި އެކި ނަންނަމުގައި ނަގާ ފީތައް ސަރުކާރަށް ނަގަމުން އާމްދަނީގެ އެއްބައި ބޭންކްތަކަށް މާރުކުރަން މަޖުބޫރު ކުރުވީއެވެ. ޓޫރިޒަމްގެ އާމްދަނީން ބައެއް ބޭންކުތަކަށް މާރުކުރަން ޖެހުނު ޖެހުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެ ބޮޑުއަގުގައި ހިފެހެއްޓިފައި އޮތުމުގެ މައިގަނޑު ސަބަބެވެ. 

ބޭންކުތަކަށް ޑޮލަރު ލިބުނަސް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބެނީ މަރުފުށު ކަމަކަށް ދާދި ކުޑަ މިންވަރެކެވެ. އާއްމު ވިޔަފާރި ވެރިންނަށް ބޭރުން މުދާގަތުމަށް ބޭނުންވާ ވަރާ ގާތަށްވެސް ބޭންކުން ޑޮލަރު ގަންނާކަށް ނުލިބެއެވެ. ސެންޓްރަލް ބޭންކާއި ސަރުކާރަށް ލިބޭ ޑޮލަރގެ ބޮޑު ބައެއްދަނީ ލޯނު ދެއްކުމަށާއި ތެލާއި ކާޑާއި ބޭހާ ގަތުމަށާއި ވެރިންގެ ދަތުރުތަކަށާއި އެންބަސީތަކުގެ ހަރަދު ތަކަށެވެ. އާސަންދަ އެންސްޕާއަށާއި ސަރުކާރުގެ ހަރަދާއި އެހީގައި ބޭރުގައި ތައުލީމް ހޯދާ ދަރިވަރުންނަށް ވެސް ހަރަދުކުރެވެނީ އެފައިސާއިންނެވެ. އަދިވެސް އެ ނޫން އެހެން އެތައް ކަމަކަށް ސެންޓްރަލް ބޭންކާއި ސަރުކާރަށް ލިބޭ ޑޮލަރ ހަރަދު ކުރަންޖެހެއެވެ. އެހެން ކަމުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ވުރެ ފުކެއްވެސް ދަށަކަށް ނުދެއެވެ. 

ކޮންމެ ރިސޯޓް އޯނަރަކުވެސް އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ ބޭރުފައިސާއިން ފީތަކާއި ޓެކްސްތަކާ ދައްކާފައި އާމްދަނީގެ ބޮޑުބައެއް ބޭންކްތަކަށް މާރުކުރެއެވެ. މާރުކުރުމުން ލިބޭ ދިވެހިފައިސާއަކީ ޓޫރިޒަމް ވިޔަފާރީގައި މާބޮޑު ބޭނުމެއްހިފޭ އެއްޗެއް ނޫނެވެ. ރިސޯޓްތަކުން ދައްކަންޖެހޭ ލޯނުތަކާއި ޓުއަރ އޮޕަރޭޓަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހެނީ ޑޮލަރުންނެވެ. ސަޕްލްޔަރުންނަށް އަގުދައްކަން ޖެހެނީ ޑޮލަރުންނެވެ. ކުރާ އިންފްރާންސްޓްރަކްޗަރ ހުރިހާ މަސައްކަތަކަށްހެން ހޭދަކުރަންޖެހެނީ ޑޮލަރެވެ. ގިނަ މުއައްޒަފުންނަށް މުސާރަ ދެނީވެސް ޑޮލަރުންނެވެ. ސާވިސްޗާޖް ޑޮލަރުން ދިނުން ލާޒިމެވެ. އެހެން ކަމުން ޓޫރިޒަމް އޮޕަރޭޝަނަށް ޑޮލަރ އިންތިހާއަށް ބޭނުންވެއެވެ. 

ރިސޯޓްތަކަށް ލިބޭ އާމްދަނީ ބައެއް ބޭންކްތަކަށް މާރުކޮށްގެން ލިބޭ ދިވެހި ފައިސާއިން ކުރެވޭނެ ބޭނުމެއް ނެތި ފައްލައު ވީވީހެން މަހުޖަނުންނަށް މަޖުބޫރުވަނީ ލިބެން އޮތްގޮތަކުން ދިވެހިފައިސާއަށް ޑޮލަރު ހޯދުމެވެ. ބޭނުންވާ ވަރަކަށް ބޭންކުތަކުން ޑޮލަރު ގަންނާކަށް ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން މަހުޖަނުން ކަޅުބާޒާރަށް ނިކުމެ ބޭނުންވާ ޑޮލަރު ކަޅުބާޒާރުން ގަނެލައެވެ. ކޮންމެ އަގަކަށްވެސް ބޭނުންވާ އަދަދަކަށް ކޮންމެ ދުވަހަކުވެސް ޑޮލަރ ނުގަނެ މަހުޖަނުންނަށް ފަރަކު ނުޖެހެއެވެ. 

މަހުޖަނުން ނިކުމެ ކަޅުބާޒާރުން ނީލަމުގައި ޑޮލަރު ގަންނަން ފެށުމުން ޑޮލަރުގެ އަގަށް ވާނެގޮތް ހިތައް އަރުވާލާށެވެ. މަހުޖަނުންނަށްވެސް ވިޔަފާރި ކުރަންޏާ އެހެން ގޮތެއްނެތެވެ. ދިވެހި ފައިސާއިން ކުރާނެ މާބޮޑު ކަމެއް އެމީހުންނަކަށް ނޯވެއެވެ. ނަތީޖާއެއްގެ ގޮތުން ބޭރުން މުދާގަނެގެން އާއްމު މުދާވިއްކާ މީހާއަށް ކަޅުބާޒާރުން ވެސް ޑޮލަރ ނުލިބި މުދާމަދުވެ މުދާ އަގުބޮޑުވެ ކަންމަތީ ފިހާރަތާއި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓްވެ ނމެނީއެވެ. 

19 ރުފިޔާއަށް ވުރެ އެންމެ ފުކެއްވެސް ޑޮލަރުގެ އަގު ދަށްނުވެ ކަޅުބާޒާރުން ވެސް ޑޮލަރު ލިބުން ދަތިވެގެން ގޮސްފައި މިވަނީ މަހުޖަނުން ކަޅުބާޒާރުން ޑޮލަރު ގަތުން މަޖުބޫރު ކުރުވި ސަރުކާރުގެ ސަބަބުންނެވެ. ކިތަންމެ ވަރަކަށް ޑޮލަރގެ އަގު މައްޗަކަށް ނުދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިޔަސް މަހުޖަނުންނަށް ކަޅު ބާޒާރުން ޑޮލަރުގަތުން މަޖުބޫރުވާ ގޮތަށް އުސޫލު އޮތްހާ ދުވަހަކު ޑޮލަރުގެ އަގެއް ތިރިއެއް ނުވާނެއެވެ. ޑޮލަރގެ އަގު 19 ރުފިޔާއަށް ވުރެ ދަށްނުވެގެން އުޅެނީ ރައީސް މުއިއްޒުގެ ދޯހަޅި ސިޔާސަތުން އިގްތިސޯދު ހިންގަން ނޭގިގެންނެވެ.  

]]>
Tue, 24 Jun 2025 13:54:37 +0500 އެޑިޓަރ
ގާސިމް ބުންޏަސް ރަގަޅު ވާހަކައެއްވިއްޔާ މަރުހަބާ ކިޔަންވާނެ: މައުރޫފް https://heerasnews.com/3361 https://heerasnews.com/3361 ގާސިމް ބުންޏަސް ރަގަޅު ވާހަކައެއްވިއްޔާ އެކަމަށް މަރުހަބާ ކިޔަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. މެންބަރ މައުރޫފް ޒާކިރު އެހެން ވިދާޅުވީ ރިސޯޓް މުއައްޒަފުންނަށް ސާވިސްޗާޖް ދިނުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ވިލާ ގްރޫޕްގެ ޗެއަރމަން އޮނަރަބަލް ގާސިމް އިބުރާހީމް އެކްސްގައި ކުރެއްވި ޕޯސްޓެއް ޓެގްކުރައްވާ މައުރޫފް ކުރެއްވި ޕޯސްޓެއްގައެވެ.

ގާސިމް އިބްރާހީމް ކުރެއްވި ޕޯސްޓްގައިވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައިވީނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްގު ނިންމުމެއް ނޫން ކަމަށާއި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަމަށެވެ. 

ގާސިމް ވިދާޅުވާގޮތުގައި ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުންނެވެ. އެހެންކަމުގައިވާ ނަމަ އެ ހައްގު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންކަމަށް ގާސިމް ވިދާޅުވެއެވެ. ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުސަތު އޮތްކަމަށްވެސް ގާސިމު ވިދާޅުވެއެވެ. މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ގާނޫނީ ވާޖިބެއް ކަމަށް ވެސް ވިލާ ގްރޫޕްގެ ޗެއަރމަން ވިދާޅުވެއެވެ. 

އެހެން ކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ގާސިމް ދެކެވަޑައިގަނެއެވެ. "އަޅުގަނޑަކީވެސް އެތައް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހަކީމެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތިއެބައޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައިވެފައި، ގާނޫނުންވެސް އެ ލުއި ރިސޯޓުތައް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީ" ކަމަށް ގާސިމު ވިދާޅުވެއެވެ.  

ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ހަބަރަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއްކަމަށާއި މުއައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށް ވިލާގްރޫޕްގެ ޗެއަރމަން ގާސިމް އިބްރާހީމް ވިދާލުވިއެވެ. " ފައިސާގެ ޖިންސު ބަދަލުކޮށް އެހެންފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއްތިރާޒެއް ނެތް ކަމުގައިވާނަމަ" ކަމަށްވެސް ގާސިމް ވިދާޅުވެއެވެ.

ރިސޯޓް މުއައްޒަފުންގެ ހައްގުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މައުރޫފް ޒާކިރު ވަނީ ގާސިމް އިބްރާހީމްގެ އެ ވާހަކަފުޅަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވިދާޅުވެފައިވަނީ " މީ ހަމަ މިކަން ގާނޫނުގައި ބާޔާންކޮށްފައިވާގޮތުގެ ސާފު ޙުލާސާއެއް" ކަމަށެވެ. މައުރޫފް ވިދާޅުވާ ގޮތުގައި މިހާރުވެސް ޑޮލަރުން މުސާރަ އަދި ސާވިސްޗާޖް ލިބެމުންދާ އެއްްވެސް މުވައްޒަފަކަށް އެނޫން ގޮތަކަށް ދޭން ހުށަހަޅައި މުވައްޒަފު އެގޮތް ބޭނުން ނުވާނަމަ އެކަމަށް ފާޅުގައި އިންކާރުކޮށް ދެކޮޅުހެދުމަކީ ހަމަ ކޮންމެ މުވައްޒަފަކަށްވެސް ލިބިފައިވާ ހައްގެކެވެ. އެކަން ގަބޫލުކޮށް އެމަގުން މަސައްކަތް ކުރުމަށް ރިސޯޓްތަކުގެ މުއައްޒަފުންނަށް ޓީމް ލީޑަރ މައުރޫފް ޒާކިރުވަނީ ގޮވާލައްވާފައެވެ.

]]>
Thu, 19 Jun 2025 04:27:43 +0500 އެޑިޓަރ
ސީސީން އަރައިނުގަނެވިގެން މުއިއްޒު ނުފިލާފާނެބާ! https://heerasnews.com/3348 https://heerasnews.com/3348 ރާއްޖޭގެ ރޭންކިން ދަށްވާ ވާހަކަ މިހާރު ނުދައްކާ ކަމަށް ދާދިފަހުން އިގުތިސޯދީ ވަޒީރު ސައީދުވެސް ބުންޏެވެ. ރާއްޖޭގެ ޜޭންކިން ސީސީގައި އޮތުމަކީ ބޮޑު މޮޅެއް ކަމަށް ދައްކަން މުއިއްޒު ސަރުކާރުން ވަރަށް މަސައްކަތް ކުރެއެވެ. އެކަމަކު މުއިއްޒު ވެރިކަމަށް އެރީއްސުރެ ރާއްޖޭގެ ރޭޓިން އެންމެ ފުކެއްވެސް މައްޗަކަށް ޖެހިނުލައެވެ.

2022 އާއި 2023 ގައިހުރި " ބީ ނެގެޓިވް"ގައި ހުރި ފިޗް ރޭޓިންގ 2024ގައި "ސީސީސީ ޕްލަސް" އަށް ވެއްޓި ގިނަ ދުވަސްތަކެއް ނުވެ ހަމަ އެ އަހަރު ފިޗް ރޭޓިންގ "ސީސީ" އަށް ދަށްވިއެވެ. މި އަހަރުވެސް ރޭޓިން އެއޮތީ "ސީސީ" ގައި ހިފެހެއްޓިފައެވެ. ސީސީއަކީ ކޮންމެވެސް ބާވަތެއްގެ ޑިފޯލްޓެއް ވުން ގާތް ހާލަތުގައި ގައުމު އޮތުމެވެ.

ކޮވިޑް19ގެ އާލަމީ ވަބާއަށް ފަހު ދުނިޔެ ހުޅުވެ ހިނގައިގެން ފަހުން ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އޮތީ B- ގައެވެ. މާނައަކީ މެޓީރިއަލް ޑިފޯލްޓްގެ ބިރު އެބައޮތް ނަމަވެސް ސަލާމަތްތެރިކަމުގައި ދެމިއޮތުމުގެ ފުރުސަތު އޮތެވެ. ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެއްކުމުގެ ގާބިލްކަން ވިޔަފާރި އާއި އިގުތިސޯދީ މާހައުލު ދަށްވެ ނާޒުކު ނަމަވެސް އުންމީދު އޮތެވެ. 

ރައީސް މުއިއްޒުގެ ވެރިކަމަށް އެރުމާއެކު ވީނުވީއެއް ނޭނގި 2024 ގައި ރާއްޖޭގެ ރޭޓިންގ "ސީސީސީ+" އަށް ދަށްވެގެން ދިޔައެވެ. ހަމަ އެއަހަރު " ސީސީ" އަށް ރޭޓިންގ ވެއްޓުނެވެ. ނަސީބަކުން އެއަށްވުރެ ތިރިއަށް ނުވެއްޓި "ސީސީ" ގައި އޮތީ ހިފެހެއްޓިފައެވެ.

މުއިއްޒު ވެރިކަމުގައި ދައުލަތުގެ އާމްދަނީ ވަނީ އިތުރެވެ. ބޭރުފައިސާ ލިބޭ މިންވަރުވެސް ވީއިތުރެވެ. ކޮންމެވެސް ބާވަތެއްގެ ޑިފޯލްޓެއް ވުން ގާތް ހާލަތުން މައްޗަށް ވިންދެއްވެސް މުއިއްޒަކަށް ޖައްސައެއް ނުލެވެއެވެ. އެންމެ ކަންބޮޑުވަނީ "ސިސީ"ގައި އޮތް ފިޗު ރޭޓިންގައި ހިފެހެއްޓިގެން ސަރުކާރުން ފަހުރުވެރި ވާތީއެވެ. 

ރޭޓިންގގެ ވާހަކަ ދައްކާއިރު ރޭޓިންގއަކީ ކޮބައިކަން ކޮންމެ މީހަކަށްވެސް ކޮންމެވެސް ވަރަކަށް އެގުމަކީ ބޭނުންތެރި ކަމެކެވެ. އެހެންކަމުން ހުލާސާ ގޮތަކަށް ފިޗުން ރޭޓްކުރާ ގޮތަށް ބަލައިލާނަމެވެ. 

  • AAA އެންމެ މަތީ ފެންވަރު: ޑިފޯލްޓްވުމުގެ ބިރު އެންމެ ކުޑަ މާލީ އިލްތިޒާމްތައް އަދާކުރުމުގެ އާދަޔާ ހިލާފު ގާބިލިއްޔަތު ކަމެއް ލިބިގެންވުން.
  • AA ވަރަށް މަތީ ފެންވަރު: ޑިފޯލްޓްވުމުގެ ފުރުސަތު ވަރަށް ދަށް މާލީ އިލްތިޒާމްތައް އަދާކުރުމުގެ ވަރަށް ވަރުގަދަ ގާބިލިއްޔަތުކަމެއް ލިބިފައިވުން
  • A މަތީ ފެންވަރު: ޑިފޯލްޓްވުމުގެ ބިރު ނެތި އުންމީދާއެކު މާލީ އިލްތިޒާމްތައް އަދާކުރުމުގެ ގާބިލިއްޔަތު ވަރުގަދަ ކަމަށް ބެލެވޭ ނަމަވެސް ކުރެވޭ ނޭދެވޭ ކަމަކުން އިގުތިސޯދީ ހާލަތު ނާޒުކުވުމުގެ ފުރުސަތު އޮތުން
  • BBB ރަނގަޅު ފެންވަރު: ޑިފޯލްޓްވުމުގެ ބިރު ކުޑަ މާލީ އިލްތިޒާމްތައް އަދާކުރުމުގެ ގާބިލްކަން އެކަށީގެންވާ ކަމަށް ބެލެވޭ ނަމަވެސް ނޭދެވޭ ވިޔަފާރި ނުވަތަ އިގްތިސޯދީ ހާލަތްތަކުން ހުރި ގާބިލުކަމަށް އަސަރުކުރުމުގެ ފުރުސަތު ބޮޑުވުން
  • BB އާދައިގެ ފެންވަރަކަށް ސްޕެކިއުލޭޓް: ޑިފޯލްޓްވުމުގެ ބިރު ކުޑަ މާލީ އިލްތިޒާމްތައް އަދާކުރުމުގެ ގާބިލްކަން އެކަށީގެންވާ ކަމަށް ބެލެވޭ ނަމަވެސް ނޭދެވޭ ވިޔަފާރި ނުވަތަ އިގްތިސޯދީ ހާލަތްތަކުން ހުރި ގާބިލުކަމަށް ވަރަށް ބޮޑަށް އަސަރުކުރުމުގެ ފުރުސަތު ބޮޑުވުން
  • B ވަރަށް ބޮޑަށް ސްޕެކިއުލޭޓިވް: މެޓީރިއަލް ޑިފޯލްޓްގެ ބިރު އެބައޮތް ނަމަވެސް ސަލާމަތްތެރިކަމުގައި ދެމިއޮތުމުގެ ފުރުސަތު އޮތަސް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެއްކުމުގެ ގާބިލްކަން ވިޔަފާރި އާއި އިގުތިސޯދީ މާހައުލު ދަށްވެ ނާޒުކުވުން
  • CCC ފާހަގަކުރެވޭ ވަރުގެ ކްރެޑިޓް ރިސްކް: ޑިފޯލްޓްވުމުގެ ހަގީގީ އިހުތިމާލް އޮތުން.
  • CC ވަރަށް މަތީ ފެންވަރެއްގެ ކްރެޑިޓް ރިސްކް: ކޮންމެވެސް ބާވަތެއްގެ ޑިފޯލްޓެއް ވުން ގާތް ހާލަތު
  • C ޑިފޯލްޓްވުމާ ކައިރި: ޑިފޯލްޓް ނުވަތަ ޑިފޯލްޓްއާ އެއްފަދަ ޕްރޮސެސްއެއް ފެށި ފައިސާ ދެއްކުމުގެ ގާބިލުކަން އަނބުރާ ނުގެނެވޭ ވަރަށް ގެއްލިފައި އޮތުން
  • RD މަހުދޫދު ޑިފޯލްޓް: ފައިސާ ދެއްކުމުގައި ޑިފޯލްޓްވެފައިވީ ނަމަވެސް ބަނގުރޫޓުވުމުގެ ހުރިހާ ސިފަތައް ފުރިހަމަނުވާތީ ނުހުއްޓި ހިނގަމުން ދާތީ ރަސްމީކޮށް ބެންކްރަޕްސީ އިއުލާނު ނުކޮށް ކިރިޔަކިރިޔާ ހިފެހެއްޓޭ ހާލަތު 
  • D ޑިފޯލްޓް: ވިޔަފާރި ހުއްޓާލައި، ބަނގުރޫޓުވުމުގެ ހުރިހާ ސިފަތަކެއް ފުރިހަމަވެ ރަސްމީކޮށް ބެންކްރަޕްސީ އިއުލާނު ކުރަން ޖެހުން 

ރޭންކިންގ ދަރަޖަ + ، - އިތުރުވަނީ އަނެއް ހާލަތަކަށް ބަދަލުވުމަށް ބޮޑަށް ފުރުސަތު އޮތް މިންވަރަކަށެވެ. ރޭޓިންގ ވަޒަންކޮށްލުމުން ޕްލަސް މައިނަސްވާ ހާލަތު އޮތްގޮތް ސާފުވާނެއެވެ. 

]]>
Thu, 12 Jun 2025 16:08:32 +0500 އެޑިޓަރ
އިލްމީ ޒުވާނުން މުއިއްޒަށް ނޫނެކޭ ބުނުމަކީ ހެޔޮފާލެއް https://heerasnews.com/3188 https://heerasnews.com/3188 ހުސްނުއް ސުއޫދު ފަދަ ތަޖުރިބަކާރު އިލްމީ ބޭފުޅުންނާއި އެއްހަމައިގައި ފައިތިލަ ސާބިތު ކޮށްލެވޭ ވަރުގެ ތައުލީމީ ޒުވާނުން ރާއްޖޭގައި ތިބިކަމީ ހެޔޮފާލެކެވެ. ގައުމުގެ މުސްތަގުބަލް އުޖާލާކަން ރަމްޒުކޮށްދޭ ކަމެކެވެ. ހައްގުބަސް ބުނަންކެރޭ ކޮންމެ ގޮތެއް ވަރިހަމަނޫން ޒުވާނުން ގައުމުގައި އެބަތިިކަން ހާމަވަމުން ދާނީ ބޮޑެތި ކަންކަމާ ޖެހުމުންނެވެ. އެމްއެމްއޭގެ ބޯޑު މެމްބަރު އަހުމަދު ޒަޔާން މުހައްމަދު މިނިސްޓްރީ އޮފް ފިނޭންސްއާއި އެމްއެމްއޭގެ ބޯޑުން އިސްތިއުފާދެއްވި ދެއްވުމަކީ އޭގެ މިސާލެކެވެ. 

އެމްއެމްއޭއިން 15 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ޒަޔާން އިސްތިއުފާ ދެއްވުމަކީ ވަރަށް ހިތްވަރުގަދަކަން ސާބިތުކޮށްދެއްވި ކަމެކެވެ. އެމްއެމްއޭއިން 15 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް އޭނާ ވޯޓުވެސް ދެއްވިއެވެ. ދެކޮޅަށް ވާހަކަދެއްކެވިއެވެ. އޭނާ ދެކޮޅުހައްދަވާ އަޑުއުފުއްލެވީ ލިބިވަޑައިގެންފައިވާ އިގްތިސޯދީ ދާއިރާގެ ތައުލީމުގެ އަލީގައެވެ. އެނާ އަމަލުކުރެއްވީ މަތީ ތައުލީމު ނިންމެވި ފަހުން މަސައްކަތް ކުރައްވާ މާލީ ދާއިރާއިން ހޯއްދެވި ތަޖުރިބާގެ އަލީގައެވެ. 

މަނިޓަރީ ޕޮލިސީ ގަވަރުނަރ މުނައްވަރަށް އެވަރު ރަނގަޅަށް އެނގިވަޑައިގަންނަވާ ނަމަ މަގާމަށްޓަކާ އެހާބޮޑު ގޯހެއް ނުހައްދަވާނެއެވެ. ޒަޔާން އިސްތިއުފާ ދެއްވާފައި ނިކުމެވަޑައިގަންނަވަން ކެރިވަޑައިގަތީ އިލްމާއި ހުނަރާއި ތަޖުރިބާ މަގާމަށްޓަކާ ކޮމްޕްރަމައިޒް ނުކުރެއްވުމަށެވެ. މާލީ ވުޒާރާއާއި މަރުކަޒީ ބޭންކްގެ އިހުތިރާމާ ލޯބި ޒަޔާން ވަނީ ހޯއްދަވާފައެވެ. ޒަޔާންއަކީ ދިވެހިރާއްޖޭގެ މަނިޓަރީ ޕޮލިސީ އާއި ފައިސާ ދައުރުވުމާ ބެހޭގޮތުން ރަނގަޅަށް ތަންދޮރު ފިލާވަޑައިގެން ތިއްބެވި މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ. އޭނާއަކީ ވަރަށް މަދުން ފެންނަ ބާވަތުގެ މީހެކެވެ. ޒަޔާންގެ އިސްތިއުފާއިން ވެސް ދައްކުވައިދެއްވީ ތެދުވެރިކަމެވެ.  

ފަހަކަށް އައިސް ފެންނަމުން މިދަނީ މިކަހަލަ އެންމެ ޒަޔާނެއް އެކަންޏެއް ނޫނެވެ. ފައިސާ ޗާޕްކުރުމަށް އެމްއެމްއޭ ބޯޑުން ނިންމި ނިންމުން ރިވިއު ކުރުމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރނަރ އަހުމަދު އިމާދު އާއި ބޯޑް މެންބަރުން ކަމަށްވާ ޝުހާދު އިބްރާހީމާއި ޒަޔާން ހުށަހެޅުމުން ގަވަރނަރ މުނައްވަރު އެކަން ބޮލާލާ ޖައްސެވީއެވެ. ޑެޕިއުޓީ ގަވަރނަރ އަހުމަދު އިމާދު މަގާމުން ވަކިކުރުމަށް ހުށަހެޅުވީއެވެ. އެކަމާ ގުޅިގެން ޒަޔާނުގެ އިތުރަށް މަނިޓަރީ އޮތޯރިޓީ ބޯޑްގައި އެކޮނޮމިކް މިނިސްޓްރީ ތަމްސީލީް ކުރެއްވި ޝުހާދު އިބްރާހީމް ވެސް ފައިސާ ޗާޕްކުރުމާ ދެކޮޅު ހައްދަވާ އެވަނީ އިސްތިއުފާ ދެއްވާފައެވެ.

އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގައި ހުންނެވި އެންމެ ޒުވާން މެންބަރ ހިތަދޫ މެދު ދާއިރާގެ އަހުމަދު އަޒާން ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރާ ބިލަށް އެވަނީ "ނޫނެކޭ" ބުނެފައެވެ. އިމާދާއި ސުހާދާއި ޒަޔާން އެވަނީ 15 ބިލިއަން ރުފިޔާ ޗާޕުކުރުމަށް "ނޫނެކޭ" ބުނެފައެވެ. މިކަހަލަ އިލްމީ ދަރިންތަކެއް ހައްގުބަސް ބުނުމުން ހިތްވަރުލިބި ގައުމު ހަމަމަގަށް އަޅުވަން އިތުރު ޒުވާނުން ތެދުވުމުގެ ވަގުތު މިވަނީ ޖެހިފައެވެ. 

ގައުމުން މަތީ ތައުލީމަށް އިންވެސްޓް ކުރުމުގެ ހެޔޮ ނަތީޖާ ފެންނަން ފެށީއެވެ. ފެންނަނީ ކުރިމަގުގައި ކަންކަން ރަނގަޅުވަމުން ދާނެކަމުގެ ކުލަވަރެވެ. ގައުމުދެކެ ލޯބިވާ އެންމެން މިހާރު ކުރަންޖެހޭ ކަމަކީ ހާލަތާ ދެކޮޅަށް ހިންދަމާލާ މިފަދަ އިލްމީ ޒުވާން ތެދުވެރި ދަރިންނަށް އިތުރު ޖާގަ ހޯދައިދީ ބާރުވެރި ކުރުވުމެވެ. ފުރިހަމަ އެއްބާރުލުން ދިނުމެވެ.                             

]]>
Thu, 13 Mar 2025 20:14:46 +0500 އެޑިޓަރ
އެޗްޑީސީން ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގެއްލިއްޖެ! https://heerasnews.com/3022 https://heerasnews.com/3022 އެޗްޑީސީގެ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ގެއްލިފައިވަނީ 4 ކޮމްޕިއުޓަރ ސިސްޓަމް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކޮމްޕިއުޓަރ ސިސްޓަމްތައް ގެއްލުނީ މިދިޔަ ހުކުރު ދުވަހުގެރޭ (ހޮނިހިރު ދުވަހު ފަތިހު) 5.30 ހާއިރުކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. 

ގެއްލުނު ކޮމްޕިއުޓަރތައް ގެއްލިފައިވަނީ ހުޅުމާލެ ފޭސް2ގެ ފަރުކޮޅުފުށީ ސަރަހައްދުގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުންނެވެ. ކޮމްޕިއުޓަރތައް ބޭރުކޮށްފައިވަނީ އެތާނގެ ކުޑަދޮރަކުން ވަދެގެން ކަމަށް ސީސީޓީވީ ފުޓޭޖުން ދައްކާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި އެތަނަށް ވަނތް މީހުން ވަދެފައިވަނީ ކުޑަދޮރުގެ ތަންޑު ނާޅުވާ ހުއްޓާ ދޮރުފަތް ހުޅުވައިގެންނެވެ. ކުޑަދޮރު ތަންޑު ނާޅާހުރީ ކުރިޔާލާ ރޭވިގެން ކަމަށް ބައެއް މީހުން ދެކެއެވެ.

ފަރުކޮޅުފުށީ ސަރަހައްދުގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހަކީ ސަސްޕެންޑްކުރި ސީއެފްއޯ ފާއިދު ކުރިން މަސައްކަތް ކުރި އޮފީހެވެ. ކުރީގެ ސީއެފްއޯ ވަކިކޮށް ފާއިދަށް ސީއެފްއޯކަން ދިނުމަށް އޭނާ މަސައްކަތް ކުރީ އެ އޮފީހުގައެވެ. އޭނާގެ މަސައްކަތް ހެޑް އޮފީހަށް ބަދަލު ކުރިނަމަވެސް އޭގެ ފަހުން ޕްރޮޖެކްޓް އޮފީހުގައި އޭނާ މަސައްކަތްކުރި ކެބިން ހުރީ ހުހަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ކުރީގެ އެމްޑީ ފަޒުލާ ގުޅިގެން އެޗްޑީސީގައި ހިންގި ގިނަ ޖަރީމާތައް ހިންގާފައިވަނީ ޕްރޮޖެކްޓް އޮފީސް ތެރޭގައި ފާއިދު އިސްވެހުރެ ކަމަށް ބެލެވޭކަމަށް އެޗްޑީސީގެ ބައެއް މުއައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. ސީއެފްއޯ ސަސްޕެންޑް ކުރުމާއެކު އެޗްޑީސީގެ ޕްރޮޖެކްޓް އޮފީުގައި ބޭނުން ކުރަމުން އައި ވަކި ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގެއްލުމުގެ އިއްތިފާގާމެދު ސުވާލު އުފައްދައެވެ. އޭގެ ފަހަތުގައި ޖަރީމާ ތަކެއްގެ ހެކިނައްތާލުން ހިމެނިފައިވެދާނެ ކަމަށް ތުހުމަތު ކުރެވެއެވެ. 

ފުލުހުންނަށް އެކަން އެނގޭކަމަށާއި ވަރަށް ދޭސީ ތަހުގީގެއް އެކަމާއި ގުޅިގެން ކުރަމުންދާ ކަމަށް ވެސް ނަން ހާމަކުރަން ބޭނުންނުވާ މަސްދަރަކުން ބުނެއެވެ. މި ދުވަސްކޮޅަކީ އެޗްޑީސީގެ ތެރެއިން ނާޖާއިޒު މަންފާތަކެއް ނެގުމުގެ މައްސަލަތަކެއް ފެންމަތިވެގެން އުޅޭ ދަނޑިވަޅެކެވެ.  

]]>
Mon, 23 Dec 2024 16:12:10 +0500 އެޑިޓަރ
ސްކޫކް ޑިފޯލްޓްނުވެ ރާއްޖެ ސަލާމަތްވެއްޖެ! https://heerasnews.com/2843 https://heerasnews.com/2843 2026 އަށް އަދާކޮށް ނިންމުމަށް ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކޮށްފައިވާ 500 މިލިޔަން ޑޮލަރގެ ސްކޫކް ޝެޑިއުލް ޕޭމެންޓް ނުދެއްކިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތީ ހީވެފައެވެ. ސްކޫކެއް ޑީފައުލްޓްވާ ފުރަތަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ބިރު ދުނިޔޭގެ މާލީ އިދާރާތަކަށް އޮތީ ހީވެފައެވެ. ރާއްޖޭގެ މާލީހާލަތު އޮތްގޮތުން އެ ކަމަކީ ނުވެނުދާނެ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. 

2024 ގެ އެޕްރީލް މަހުން އޮކްޓޯބަރ މަހަށް ދައްކަން ޖެހޭ ޝެޑިއުލް ޕޭމެންޓް ދައްކަން ޖެހެނީ މިހިނގާ އޮކްޓޯބަރ މަހުގެ 08 ވަނަ ދުވަހުގެ ކުރިންނެވެ. އެ ތާރީހުގެ ކުރިން އެ ޕޭމެންޓް ނުދެއްކިއްޖެ ނަމަ ވެދާނެ ގޮތަކާމެދު އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. 

ސްކޫކް ޑިފޯލްޓް ވުމަށް އެއް ދުވަހަށް ވެފައިވަނިކޮށް ސްކޫކްގެ ޝެޑިއުލް ޕޭމަންޓް މިއަދު ދެއްކިޖެކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފިއެވެ. ކޮޅުނެތް ކޮޅަށް ހަމްދު ކުރަމެވެ. ދުނިޔޭގައި ފުރަތަމަ ސްކޫކްއެއް ޑިފޯލްޓްވާ ގައުމަކަށް ރާއްޖެނުވެ މިފަހަރު ސަލާމަތްވެއްޖެއެވެ. 

]]>
Mon, 07 Oct 2024 12:26:05 +0500 އެޑިޓަރ
ސަރުކާރާ ގުޅިގެން ހަށިވިއްކުން މެކުހުގައި! https://heerasnews.com/2585 https://heerasnews.com/2585 ހަށިވިއްކުމެގެ ވިޔަފާރިއަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރަމުން އަންނަ ވިޔަފާރިއެކެވެ. އިރުމަތީ ޔޫރަޕް އަންހެނުންނާއި ތައިލެންޑާއި އިންޑޮނޭޝިޔާ އާއި ޕިލިޕިންސުން އަންހެނުން ހަށިއްކުމުގެ ވިޔަފާރި ކުރުމަށް ރާއްޖޭގައި އުޅެނީ ވަރަށް ފާޅުގައެވެ. ވޯކް ވިސާއާއި ޓޫރިސްޓް ވިސާގައި ރާއްޖެއައިސް ހަށިވިއްކުމުގައި އެމީހުން ހަރަކާތްތެރިވެއެވެ. ފާޑުފާޑުގެ ތެރަޕީ ދިނުމުގެ ނަމުގައި އެއްބަޔަކު އުޅޭއިރު އޮންލައިންކޮށް އިސްތިހާރު ކޮށްގެން ހޮޓާ ތަކާއި ގެސްޓު ހައުސްތަކުން ރޫމް ހިފައިގެން ތިބެ ހަށިވިއްކާ މީހުން ވަކި މަދެއް ނޫނެވެ.

ކަމާކަން ފަށަށް ބައިހަދާފައި ރާއްޖޭން ބޭރުން މީހުން އައިސް ހަށިވިއްކަން އުޅޭނީ ގައިމު ޑިމާންޑެއް އޮވެގެންތާއެވެ. ޓިކެޓް ކަނޑާލައިގެން މަތިން އައިސް އަގުބޮޑު ހޮޓާތަކުގައި ތިބެގެން ހަށިވިއްކަނީ ބޮޑު މަންފާއެއް ވާތީއެވެ. ބުކިންގތައް ފުލްވެ ވެއިޓް ލިސްޓްގައި މީހުން ތިބުމަކީ ހަށިވިއްކުމުގެ ވިޔާފާރި ފުޅާވެފާ ވާވަރު އަންދާޒާ ކޮށްލެވޭނެ ކަމެކެވެ. ޓޫރިސްޓް ވިސާގައި އަންނަ ހަށިވިއްކާ އަންހެނުން ހަމައެކަނި އެކަން ކުރަނީ މާލެއާއި ހުޅުމާލެއަކު ނޫނެވެ. ރަށްރަށުގެ ގެސްޓް ހައުސް ތަކަށް ގޮސްގެން ވެސް އެކަން ކުރެއެވެ.  

ތެރަޕީއާއި ސްޕާތަކުގެ ނަމުގައި ރަގަޅަށް އިންތިޒާމުވެގެން މަތީ ފެންވަރުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަނީ ވެސް މަދެއްކޮށް ނޫނެވެ. ހުޅުމާލެއާއި މާލޭގެ އިތުރަށް ބައިބޯ ރަށްރަށުގަ އާއި އިގްތިސާދީ ހަރަކާތްތައް ހިނގާ ރަށްރަށުގައި ތެރަޕީތަކާއި ސްޕާތައް ހަދައިގެން ހަށިވިއްކުުގެ ވިޔާފަރިކުރެއެވެ. ރަނގަޅަށް އިންތިޒާމްވެގެން ހިންގާ  ހަށިވިއްކުމެގެ ގިނަ ވިޔަފާރި ތަކުގެ ފަހަތުގައި ތިބެނީ ނުފޫޒުގަދަ ދިވެހިންނެވެ. އަޅަންޖެހޭ ބަޔަކަށް ބައިއަޅައިގެން އެތަންތަން ހުންނަނީ ނިކަން ރަނގަޅަށް ހިމާޔަތް ކޮށްފައެވެ. ގިނަ ފަހަރަށް ފުލުހުން ރެއިޑަކަށް ދާނީ ޑީލް ފަނިވެގެންނެވެ. ނުފޫޒު ހުރި މީހުން ފަހަތުގައި ތިބެގެން ހިންގާ ނާސިގެތައް ހުންނަނީ ވަރަށް ބޮޑަށް ހިމާޔަތް ކުރެވިފައެވެ.

މަތީފެންވަރުގައި ހަށިވިއްކާހެން އެންމެ އާދައިގެ މީހުނަށް އަމާޒުކޮށް ކޮށްގެން ހިންގާ ނާސިއައްޑާތައް ވެސް މަދެއްނޫނެވެ. މިޒާތުގެ ނާސިއައްޑާތައް ހިންގަނީ ބަންގާޅު މީހުންނާއި އިންޑިއާ ލަންކާ މީހުންނެވެ. ދުވަހު ކުއްޔަށް ދޭން ތަންތަން ހިފައިގެން އެތަންތާނގެ ތެރޭގައި ހަށިވިއްކުން ހިންގަނީ ވެސް މަދެއްކޮށް ނޫނެވެ. މިފާޑުގެ ގިނަ އައްޑާތަކުގައި ހަށިވިއްކުމުގެ މަސައްކަތުގައި ބަންގާޅާއި އިންޑިއާއި ލަންކާއާއި ރާއްޖޭގެ އަންހެނުން އުޅެއެވެ.

ހަށިވިއްކުމުގައި ކޯލްގާލް ހިދުމަތްވެސް ރާއްޖޭން ބަރާބަރަށް ލިބެއެވެ. ކަމެއް އޮތްތޯ ބަލަމުން މަގުމަތީގައި ހިނގާ ދިވެހި އަންހެނުންވެސް އެހާގިނައެވެ. ކޮންމެ ގޮތަކަށް މާކެޓް ހޯދައިގެންވެސް ހަށިވިއްކުމުގެ ވިޔަފާރި ޑްރަގަށްވުރެ ބޮޑަށް ފެތުރިފައި އެބައޮތޭ ބުނެވިދާނެއެވެ. ވާނީ އެހެންތާއެވެ. ހަށިވިއްކުމުގެ ވިޔަފާރިއަކީ ޓެކްސް ދައްކަންޖެހޭ ވިޔަފާރިއެއް ނޫނެވެ. ހުއްދަ ނަގަންޖެހޭ ވިޔަފާރިއެއް ނޫނެވެ. އިންތިހާއަށް ޑިމާންޑް އޮތް މި ވިޔަފާރިން ނެގޭ ފައިދާބޮޑެވެ. 

ރާއްޖޭގެ ބާޒާރުގައި އެނބުރޭ މަދު ޑޮލަރުކޮޅުން ބޮޑުބައެއް ރާއްޖޭން ބޭރަށް ކަހާލާ ހަށިވިއްކުމުގެ ވިޔަފާރިއާމެދު ވިސްނާ އެކަކުވެސް ނޫޅެއެވެ. ކޮންމެވެސް ބަޔަކު ރިޕޯޓެއްް ކުރުމުން ދޭތެރެ ދޭތެރެއިން ހަށިވިއްކާ ތަންތަން ރެއިޑްކޮށް ކޮންމެވެސް ބޭރު ބަޔަކު ހިފާހައްރުކޮށް ޑީޕޯޓް ކޮށްލައެވެ. އެހެނަސް ހަށިވިއްކުމުގެ ވިޔަފާރި އެންމެ ތަންފުކެއްވެސް މަދެއްނުވެއެވެ. އެކަމާ އަޅާލާ ސަރުކާރެއް ނާދެއެވެ.  

]]>
Fri, 05 Jul 2024 14:30:41 +0500 އެޑިޓަރ
އޭ މިހިރަ ދިދަޔާ! ލާރިކޮޅުކޮބާ! https://heerasnews.com/2555 https://heerasnews.com/2555 ރައީސް މުއިއްޒު ވެރިކަމަށް ހުވާކުރައްވާ އެންމެ ފުރަތަމަވެސް ވާހަކަ ދެއްކެވީ ބޮޑު ދިދަޔާއެވެ. ދިދަޔާ ދެއްކެވިހާ ވާހަކަތައް ދަނީ ބޯމަތިން ލާފައެވެ. ދެއްކެވި ކޮންމެ ވާހަކައެއް ޖެހެނީ އެކޮޅުކޮޅުންނެވެ. މިފަހަރު އެ ވާހަކަތައް ދާކަށް ނެތީމެވެ. 

ރައީސް ދެއްކެވި މިސާލުން މިސާލުނަގައިގެން ރައްޔިތުންވެސް މިއަދު ވާހަކަ އެ ދައްކަނީ ދިދަޔާއެވެ. ރައްޔިތުން ދިދަޔާ ދައްކާ ވާހަކައެކޭ ކަނޑުގައި އަޅާ ރޮނގެކޭ ތަފާތެއް ވަނީއެއް ނޫނެނެވެ. ހިރުވާތަން ކަހާނުލައެވެ. ކަހާތަން ހިރުވާ ނުލައެވެ.

މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހަށް ދޭން ޖެހޭ ފައިސާ ނުލިބިގެން ހުއްޓާނުލާ މަސްވެރިން މުޒާހަރާ ކުރަމުންވެސް ވަހަކަ ދައްކަނީ ދިދަޔާއެވެ. މުޒާހަރާކޮށް ހަޅޭފަޅޭ ނުޖަހާ އެންމެ ލާރިއެއްވެސް ދޭން ހިތަކަށް ނާރައެވެ. ބަލިމީހަކަށް އައިވީ ދޭހެން މަސްވެރިންނަށް ލާރިކޮޅު ދެމުން ދާނަމަވެސް ރަނގަޅުތާއެވެ. މަސްވެރި ރަށެއްގެ މަސްވެރިއަކަށް މަސްވަޒީރުކަން ދިނުމަކުން މަސްވެރިންނަށް ލިބުނު ތަސައްލީއަކަށް އެކަމެއް ނުވެއެވެ.

މިއަދު އަނެއްކާ އައްޑޫގައި އެތިބީ މަސްވެރިން މުޒާހަރާއަށް ނިކުމެއެވެ. ހަލާލު މަސައްކަތުން ބޭނި މަސްކޮޅު ސަރުކާރުން ޓަކައިގަނެ ފައިސާ ނުދީ ތިބޭތީއެވެ. އަޖައިބެކެވެ. ކަންމަތީ ފިހާރައަކުން ލޭންދޭނަށް ތަކެތި ނަގައިގެން ފައިސާނުދީ ފިލަފިލައިގެން އުޅޭ ޕާޓީއެކޭ ސަރުކާރެކޭ ތަފާތެއް ނެތެވެ. މަސްވެރިންނަށް ފައިސާ ނުދެވެންޏާ މަސްކިރުވާނެ ކަމެއް ނެތެވެ. މަސްކިރުވަންޏާ އެއްބަސްވާ ގޮތަށް ފައިސާ ދޭން ޖެހޭނެއެވެ. 

ސަރުކާރުން ދޭ ހިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް އާއްމުންގެ މީހެއްގެ އޮތްނަމަ ތަޅާ މަރައިގެންވެސް އެ ފައިސާއެއް ސަރުކާރަށް ހޯދައެވެ. ދޭ ހިދުމަތް ކަނޑާލައިގެންވެސް އެ ފައިސާއެއް ދަމައިގަނެއެވެ. އެގޮތަށްވެސް ފައިސާ ސަރުކާރަށް ހޯދާނީ ނިކަމެތި ރައްޔިތަކު ދައްކަން އޮންނަ ފައިސާއެކެވެ. ބާރުހުރި ވެރިންނާއި މަހުޖަނުން އަތުން ސަރުކާރަކަށް ފައިސާ އަތެއް ނުލެވެއެވެ.

ސަރުކާރުގެ އާމްދަނީ ދަށްވުމުން ސަރުކާރުން ބޭނުން ކުރަނީ މަސްވެރިންގެ ފައިސާއެވެ. އެންމެ ފަހުންވެސް މަސްވަޒީރު ވިދާޅުވީ ސަރުކާރުގެއާމްދަނީ ރަގަޅުވަމުން ދާވަރަކުން މަސްވެރިން އަތުން ކިރާފައިވާ މަހަށް އަގުދޭނެ ކަމަށެވެ. ސަރުކާރުގެ އާމްދަނީއަކާ މަސްވެރިންގެ އތުން ގަންނަ މަހަށް އަގުދިނުމަކާ ކީކީހެއްޔެވެ.  މަސްވެރިން ބާނާ މަހަށް ދައްކަންޖެހޭ ފައިސާއަކީ ސަރުކާރުގެ އާމްދަނީއެއް ނޫނެވެ. ސަރުކާރުގެ ބޭނުންތަކަށް މަހުގެ އަގުގެ ގޮތުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބޭނުން ކުރުމަކީ ހިޔާނާތެވެ. 

އޭ މިހިރަ ދިދަޔާއެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް ކޮބައިހެއްޔެވެ. ފައިސާ ނެތިއްޔާ ކިރިހާ މަސްތައް ހުންނަންވާނެ ނޫން ހެއްޔެވެ. އެވެސް ދިރުވާލީ ހެއްޔެވެ.

މާތްކަލާކޯއެވެ. އެތައްހާސް މަސްވެރި އާއިލާއެއް އެތިބީ ބަޑަށް ޖެހިފައެވެ. ކާބޯތަކެއްޗެއް ގިނަ މީހުންގެ ގޭގައިނެތެވެ. ކަރަންޓް ބިލާއި ފެންބިލު އޮތީ ރަތްވެފައެވެ. މަޖުބޫރު ވެގެން ދަރަނި ނުނަގާ ނުވެގެން ދަރަނި ދިން މީހުން އެމީހުންގެ ފައިސާކޮޅު ހޯދަން މަސްވެރިންގެ އާއިލާތައް ފަހާ ދުވަނީއެވެ. އޭ މިހިރަ ދިދަޔާއެވެ. އަދިވެސް ތިޔަ ހުންނަނީ ވިހުރެލަ ވިހުރެލާ މާމަތީގައެވެ. މަސްވެރިންގެ ހާލު އެނގޭ ވަރަށް ހަމަ ބިމަށްފައިބާ ލާރިކޮޅު ދޭށެވެ.   

]]>
Sat, 22 Jun 2024 14:36:41 +0500 އެޑިޓަރ
ސަރުކާރުން ޓަކައިގަނެގެންއުޅޭ 80 މިލިޔަން ހޯދާ އިހުތިޖާޖު https://heerasnews.com/2531 https://heerasnews.com/2531 މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ 80 މިލިއަން ރުފިޔާ އަދިވެސް ނުދެއެވެ. މޮޅެތި ވާހަކަ ދައްކާލަ ދައްކާލާ މުއިއްޒުމެން އެތިބެނީއެވެ. މަސްވެރިންނާއި އެމީހުންގެ އާއިލާތައް ދަރާވިކި ބޯހިކޭކަށް ނެތެވެ. އަނގަޔާ އަތަ ދިމާވާކަށް ނެތެވެ. ކަރަންޓްބިލު ދެއްކޭކަށް ނެތެވެ. 

އޮޑި ދޯނިފަހަރުގެ ވެރިންގެ ގެދޮރާއި އޮޑިދޯނިފަހަރުގެ ލޯނުފައިސާ ބޭންކަށް ނުދެއްކެއެވެ. އިންޓަރެސްޓް މަތިމައްޗަށް އަރަމުން ދަނީއެވެ. ލޯނު ނުދެއްކިގެން އެތައް އޮޑިވެރިންގެ މައްސަލަ އޮތީ ކޯޓުގައެވެ. ބޭންކަށް ގެދޮރާއި އޮޑިދޯނި ފަހަރު ނަގާ ހިސާބަށް ހިނގައްޖެއެވެ.

އަނބި ދަރިންނާ ވަކިން ކަނޑުމަތީގައި ރެޔާއި ދުވާލު ކުރާ މަސައްކަތުން ހޯދާ މަސްކޮޅު ދިރުވާލައިގެން ސަރުކާރުން އެތިބެނީ ހިނިއައިސްފައެވެ. މަސްވެރިން ކުރާ ހަލާލުމަސައްކަތުން ހޯދާ މަސްކޮޅު ޓަކައިގަނެގެން ފައިސާ ނުދީ ތިބޭކަށް ޖެހެލުމެއް ނުވެއެވެ. ލަދެއްނުގަނެއެވެ. މަސްވެރިންނަށް އެމީހުންގެ ހަލާލު މަސައްކަތުން ހޯދާ މަސަކިރާފާ ދޭންޖެހޭ ފައިސާ ނުދެވޭ ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް ނުއޮންނާނެއެވެ. 

މަސްވެރިންނަށް ކެތްނުވެގެން އެންމެފަހުން އަނެއްކާވެސް މުޒާހަރާއަށް އެ ނިކުތީއެވެ. މުޢިއްޒުއާއި އޭނާގެ ފިޝަރީޒް މިނިސްޓަރ ކަހަތަން ހިރުވާނުލައެވެ. މަސްވެރިން ބާނާ މަސްކޮޅު ސަރުކާރުންވަނީ ޓަކައިގެންފައެވެ. މަސްކިރާތާ 48 ގަޑިއިރު ނުވަނީސް ފައިސާ ދޭނެކަމަށް ބުނެއެވެ. އެހެނެއްކަމަކު އެންމެ ލޯލާރިއެއްހާ ހިސާބުވެސް ނުދޭތާ 4 މަހަށްވުރެ ގިނަވެއްޖެއެވެ. 4 މަސް ދުވަހު ފައިސާ ފޮއްޗެއް ނުލިބި އުޅޭ މީހެއްގެ ހާލު ހިތައް އަރުވާލަ ބަލާށެވެ. އެންމެ މަހެއްގެވެސް މުސާރަ ނުލިބިއްޖެނަމަ ވާވަރު ސިޔާސީ ވެރިން ނިކަން ހިތައް އަރުވާލަބަލާށެވެ. 

ސިޔާސީ އެތައް މުވައަޒަފުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ހޭދަކުރާން ފައިސާހުރެއެވެ. ބޭކާރު ދަތުރުތަކާ ގޮތެއްފޮތެއް ނުބަލާ ކުރަމުންދާ ބޭކާރު ހަރަދުތައް ކުރާނެ ފައިސާ ސަރުކާރުގައި ހުރެއެވެ. ނުހުންނަނީ މަސްވެރިން ކިރާ މަހަށް ދޭނެ ފައިސާއއެވެ. 

މަޖިލިސް އިންތިހާބު ތެރޭގައި މަސްވެރިންގެ އަޑުކަނޑުވާލަން ދިން ފައިސާކޮޅު ނޫނީ ހައްބަހަލާލު މުކައްބަވެސް ނުދެއެވެ. މަސްވެރިން ހޯދަން އެއުޅެނީ އެމީހުންގެ ހަލާލު މަސައްކަތުން ހޯދާ ހަލާލު ފައިސާއެވެ. މަސްވެރިން ހޯދަން އުޅެނީ މުއިއްޒު ހެޔޮފުޅުކަމުންދޭ ހަދިޔާއެއް ނޫނެވެ. ސަރުކާރުން ޓަކައިގަނެގެން އުޅޭ 80 މިލިޔަނަށްވުރެ ގިނަ ފައިސާއެވެ.

]]>
Wed, 12 Jun 2024 15:59:04 +0500 ހީރަސްނިއުސް
މުއިއްޒު ވީވައުދު ނުފުއްދާތީ ބޮޑުކަންނެލި މަސްވެރިން ރަތަށް! https://heerasnews.com/2529 https://heerasnews.com/2529 ރައީސް މުއިއްޒު ޒާތްޒާތަށް މީޑިއާ ސްޓަންޓް ޖައްސަނީއެވެ. ދިވެހި ސިފައިން ބެރުޖަހާ ނަށަނީއެވެ. ސްޓެލްކޯއިން ކަރަންޓް ބިލް ބޮޑުކޮށްގެން ރައްޔިތުން ފެލަނީއެވެ. އިޒްރޭލު ޕާސްޕޯޓް ބޭން ކުރުން ބަހަނާއަކަށް ހަދައިގެން ތިބެ ފަލަސްތީނާއެކު ދިވެހިން ތިބިކަމަށް ދައްކަން ޖަޒްބާތުގައި ޖައްސައިގެން ނިކަމެތިން އަތުގާ ހުރި މަދު ފައިސާކޮޅު ދަމާލަނީއެވެ. މަސްވެރިން ކިރި މަހަށް އަގު ނުލިބިގެން ހަނާވަނީއެވެ. ބޮޑުކަންނެލި މަސްވެރިން މަހަށް ހަމައަގު ނުލިބިގެން މުޒާހަރާ ކުރަނީއެވެ. 

ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ. އެއްކޮޅުން އުޅެނީ ހިތިބޭސް ބޯންދޭށެވެ. ހިއްކާފައި އޮތް ބިމުން މާލޭ މީހުނަށް ގޯތި ދިނުމަކީ ދައުލަތަށް މިލިޔަން ލިބޭ ގެއްލުމަކަށް ވެގެން އެކަން ވާކަށް ނެތެވެ. ރައްޔިތަކަށް މޮޅެއް ރަނގަޅެއް ވާން އޮތް އެއްވެސް ކަމެއް ކޮށްދެވޭނެ ހަކަތައެއް ސަރުކާރުގައި ހުންނަ ކަމަކަށް ނުވެއެވެ. ދެހާސް ތިންހާސް ސިޔާސީ މީހުނަށް މުސާރައާއި އިނާޔަތް ދޭނެ ފައިސާ ސަރުކާރުގައި ހުރެއެވެ. 

ހައްގު ހޯދަން ރާއްޖޭގެ އެތަންމިތާ އެއްވާނަކަށް މުޒާހަރާ ޖެހެންފެށީ ކެތް ނުކުރެވުނީމައެވެ. ދެކުނުގެ މަސްވެރިން އެތިބީ މުޒާހަރާގައެވެ. ބޮޑުކަންނެލި މަސްވެރިން އެތިބީ މުޒާހަރާގައެވެ.

ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ތިއްބާ ސަރުކާރުން ޖީބުކަނޑަން ނިކުތީމާ ގައުމު ކެކި އަރަން ފަށާނެއެވެ. ދައްކާ ހުވަފެނަކަށް ނުފުއްދާ ދޮގު ވައުދަކަށް އަބަދަކު ނުހެއްލޭނެއެވެ. 80 ރުފިޔާއަށް ބޮޑުކަންނެލި ކިލޯއެއް ގަންނާނެކަމަށް މުއިއްޒު އޮތީ ވައުދުވެފައެވެ. ކުރީ ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރަން ބޭނުންވާ ހުރިހާކަމެއްހެން ނިންމާ މަސްގަންނަ އަގު ބޮޑުކުރުން  ވެސް މި ސަރުކާރަކަށް ކަމަކު ނުދިޔައެވެ. މަހަށް ހަމަ އަގު ހޯދާދޭން ހަމަޖައްސަން ހުރި ކަންކަން ހަމަޖެއްސުމުގެ ބަދަލުގައި ދައްކަނީ އަގުތިރި ކުރުމުގެ ވާހަކައެވެ.

48 ގަޑިއިރު ތެރޭގައި މަސްވެރިން ކިރާމަހަށް އަގުދޭން ބުނެ ވައުދު ވެގެން އައިސް ތިން ހަތަރު މަސް ވާއިރު ލޯލާރިއެއް އަގުގެގޮތުގައި މަސްވެރިންނަށް ދިއްކޮށް ނުލެވޭ ސަރުކާރަކީ ސަރުކާރެއް ހެއްޔެވެ. ކުރީ ފަހަރު މަސްވެރިން ކޫއްޑޫއަށް އަރައިގަތުމުން ތަނަކުން ދަރަންޏަށް ފައިސާކޮޅެއް ހޯދާފައި މަސްވެރިންނަށް އޭގެން ބައެއް ދިއްކޮށްލާ މަސްވެރި އަލިބެއަށް ބޮޑު ވަޒީފައެއް ދިނީމާ މަސްވެރިނަށް އަގުދެވުނީ ކަމަށް ހީވީތާއެވެ. 

ބޮޑުކަންނެލި މަސްވެރިންގެ އަޑު ނާހާ މޮޅުވާހަކަ ދައްކައިގެން ފަރުޖައްސާކަށް ދެން ލާހިކެއްނޫނެވެ. ޑޮލަރަށް ހަމައަގު ސައީދު ހޯދާދޭހެން ޝިޔާމް ވެސް މަސްވެރިންނަށް ހަމައަގު އަނގައިން އެބަ ހޯދާދެއެވެ. ޑައިވިންގފުޅި އަޅައިގެން އަޑިއަށް ޝިޔާމް ދާހެން ބޮޑުކަންނެލި މަސްވެރިކަން އަޑިއަށް ދުއްވާލަން ނޫޅޭށެވެ.

މަސްވެރިކަން ހަލާކޮށްލުމަށް ގޮތް ނެތިގެން ކަނޑު ލޭނު އަޅަންވެސް ހުއްދަ ދެނީއެވެ. ދުވަސް ކޮޅަކުން ދޭނީ ކަނޑުކަހާ ދާއެޅުމުގެ ހުއްދައެވެ. މަސްވެރިން އެ ތިބިއްޔަކީ މުއިއްޒު ޖަހާހާ ސަކާރާތަކަށް އަތްޖަހާ ގޮތަކަށް ނޫނެވެ. ނުފުއްދާ ދޮގު ވައުދުތަކެއްގެ އަވާގައި ހަފުސްވާކަށް ނޫނެވެ.

މަޖިލީހުގެ މެޖޯރިޓީ ލިބުމުން ހިތުހުރިކަމެއް ހިތުހުރި ގޮތަކަށް ކުރެވިދާނެކަމަށް ހީކުރުމަކީ މުއިއްޒުގެ މޮޔަކަމެވެ. އެއްވާނަކަށް މުޅިގައުމު ކެކިއެރަން ފެށީމާ ފިލާރައްކާ ވުމަކަށްވެސް ފަސޭހައެއް ނުވާނެއެވެ. މަސްވެރިންނަށް ވީވައުދު ނުފުއްދާ މުއިއްޒަށް ތަންތަން ހުޅުވާ ރެބަންކަޑާ މީޑިއާ ސްޓަންޓް ޖައްސަން ހުއްޓަކަ ނުދޭނެއެވެ. މަސްވެރިން އެތިބީ އެއަށްވުރެ ރުޅި ގަދަވެފައެވެ.  

]]>
Wed, 12 Jun 2024 13:17:09 +0500 ހީރަސްނިއުސް
ކަރަންޓުން ކުރާވައްކަން ހުއްޓުވަން މުއިއްޒަށް ކެރޭނެތަ! https://heerasnews.com/2509 https://heerasnews.com/2509 ރައީސް މައުމޫނު ވެރިކަމުއްސުރެ ކަރަންޓުން ވައްކަން ކުރުމަކީ މާލޭ އިންޖީނުގެއިން ކުރާކަމެކެވެ. އިލެކްޓްރިކް ސިޓީ ބޯޑް ކިޔަސް ސްޓެލްކޯ ކިޔަސް އެ ތަނަކީ ހަމަ އެއްތަނެކެވެ. ކިޔާ ނަން ތަފާތީއެވެ. ކުރަނީ ކަރަންޓުން ވައްކަމެވެ.  

މާލޭ އިންޖީނުގެއިން ރައްޔިތުންގެ ޖީބުކަނޑަން ގެންގުޅޭ އެންމެ އާއްމު އުކުޅަކީ ޖެނެރޭޓަރ ތަކުން އާރުޕީއެމް ދަށްކުރުމެވެ. އާރުޕީއެމް ދަށްކުރުމުން ލިބެންވާ ވަރަށް ގޭގެޔަށް ކަރަންޓް ނުލިބުމުން އެމްޕިއަރ މައްޗަށް ގޮސް މީޓަރަށް ބާރުބޮޑުވެ އަތުފަތު ނުޖެހޭ ވަރަށް ގޭގޭގެ މީޓަރު ހިނގައިގަނެއެވެ. ކަރަންޓުގެ ވޯލްޓޭޖް ދަށްވީމާ އެމްޕިއަރ މައްޗަށް ދާނެކަން ކުޑަކުއްޖަކަށްވެސް މިޒަމާނުގައި އެނގޭނެއެވެ. ނޭނގޭކަށް އެއްޔަކީ ރޮކެޓް ސައިންސެއް ނޫން ވިއްޔާއެވެ.

ކުރިއްސުރެ ކަރަންޓުން ކުރަމުންއައި އެއް ވައްކަމަކީ މީޓަރ ޓެސްޓް ކުރުމެވެ. ގޭގޭގާ ހަރުކުރާ މީޓަރުތައް އިންޖީނުގެއަށް ގެންދަން މަޖުބޫރު ކުރުވައިގެން ގެންގޮސް 5 ވޮޓުގެ ބޮތްކެއް ދިއްލީމާ 15 މިނިޓް ތެރޭގައި ކަރަންޓު ޔުނިޓެއް ހިނގާގޮތަށް މީޓަރުތައް އެޖެސްޓު ކުރަނީއެވެ. މީޓަރ އެޖެސްޓު ކޮއްގެން ކުރަންފެށި ވައްކަން ދުވަސް ވީވީހެން އައީ ބޮޑުކޮށް ފުޅާ ކުރަމުންނެވެ. މިހާރު މިއޮތީ ހައްދުން ނައްޓާފައެވެ.

ކުރީގެ މެނުއަލް މީޓަރތަކުން ޑިޖިޓަލް މީޓަރަށް ހިޖުރަކުރުވީވެސް ކުރިއަށްވުރެ އިތުރަށް ފައިސާ ހޯދުމަށެވެ. މިހާރު އެންމެން ބޭނުން ކުރަމުންދާ ފައިވް މިލިއެމްޕިއަރގެ ފޯން ޗާރޖަރތައް ފަދަ އާލާތް ބޭނުން ކުރީމާ މެނުއަލް މީޓަރގެ ކަށިހަލާވެސް ނުލުމަކީ ކިހާބޮޑު ގެއްލުމެއް ހެއްޔެވެ. މިލިއެމްޕިއަރެއްގެ މިންވަރުވެސް ރައްޔިތަކަށް ހިލޭލިބިގެން ނުވާނެތާއެވެ. ކޮންމެ ކޮންޒިއުމަރަކީވެސް ޑިޖިޓަލް މީޓަރަކަށް ނުހަދައެއް ނުވާނެތާއެވެ.

މޮޅެތި ހަމައަޅައިގެން ޖީބުކެނޑުމަކީ ސްޓެލްކޯއިން އަބަދުމެ ކުރާކަމެކެވެ. ކަރަންޓް ބިލް ބޮޑުވަނީ އެހެން ވެގެންނޭ މިހެން ވެގެންނޭ ބުނެ ދައްކާ ހަމަތައް ބުއްދި ގަބޫލެއް ނުކުރެއެވެ. ވަކި އެއްހަމައެއްގައި އާއްމުކޮށް ކަރަންޓް ބިލްތައް ހިފެހެއްޓިފައި ހުންނަ ތަންތަނަށް އައި އިތުރު ބަދަލެއް ނެތި ކުއްލިޔަކަށް ދެގުނަ ތިން ގުނަޔަށް އަރައިގެން ދިޔައިމާ ވަގަށްވެސް ގޮވާނެއެވެ. ކުރިއްސުރެ ދުވަހަކު ފަންކާ ނިވާނުލާ 24 ގަޑިއިރު ހުންނަ އެޕާރޓްމަންޓެއްގައި އޭސީ ނެތި ޖައްވު ހޫނުވެގެން ކުއްލިޔަކަށް ކަރަންޓް ބިލް ދެ ގުނަ ތިން ގުނައަށް ބޮޑުވުމަކީ ޖާދޫއެކެވެ. އަރަތެކެވެ. 

ކަރަންޓް ބިލާމެދު މައްސަލައެއް އޮތިއްޔާ ސްޓެލްކޯއަށް ހުށަހަޅައިގެން ހައްލުކުރާށޯލައެވެ. އަޖައިބެކެވެ. ބިލުގައި އޮންނާނީ ކޮން މައްސަލައެއް ހެއްޔެވެ. އެއްވެސް މައްސަލައެއް ބިލަކުން ނުފެންނާނެއެވެ. ބިލްކުރާނީ ދޫކުރާ ކަރަންޓް ދަށްކޮށްގެން އެމްޕިއަރ މައްޗަށް އަރުވާލައިގެން އެނބުރި ގަންނަ މީޓަރުން ދައްކާ ޔުނިޓަށެވެ. އެހެންވީމާ ބިލު އޮންނާނީ ރަނގަޅަށެވެ. 

ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތަކީ ބޮޑުފައިދާ ހޯދަން ކުރާ ވިޔަފާރިއަކަށް ވުމުން ނުވެ ނުދާނެ ގޮތް މިހުރެ ވަނީއެވެ. މީހުންގެ ޖީބު ކަނޑައިގެންވެސް ބޮޑުފައިދާ ހޯދެނިކޮށް ނިމުނީތާއެވެ. ތަން ހިންަން ތިބޭ މީހުންގެ ބޮލުގައި އޮންނަނީ ކޮންމެ ގޮތެއް ހަދައިގެންވެސް މިލިޔަން މިލިޔަނުން ކޮންމެ މަހަކުވެސް ފައިދާ ހޯދުމެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެއްވަރުގެ މުސާރައެއް ލިބޭ އެމްޑީންގެ ހުންނާނީ އެހެން ކޮން ވިސްނުމެއް ހެއްޔެވެ. 

ކަރަންޓް ކުރާ ވައްކަން ހުއްޓުވަން ޖިނާއީ ތަހުގީގެއް ނުހިންގާ މިހާރަކު ވާކަށްނެތެވެ. ހިތްވަރެއް ހުރެގެން ކަރަންޓުކުރާ ވައްކަން ބަލައި ފިޔަވަޅު އަޅަން ރައީސް މުއިއްޒަށް ކެރޭނެ ހެއްޔެވެ. ނުކެރޭނެއެވެ. 

]]>
Mon, 03 Jun 2024 11:13:00 +0500 ހީރަސްނިއުސް
ކޭޕާކް ސްކޭމްގެ މުގުލުގައިވެސް މުއިއްޒުތަ!؟ https://heerasnews.com/2506 https://heerasnews.com/2506 ކޭޕާކުގެ ހައުސިންގ ސްކީމަކީ ކުޑަ މަންޑޭ ( ހަސަން މަމްދޫހު ) ލައްވާ ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުރިއިރު ހިންގުވާފައިވާ ސްކޭމެއް ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ. ލިބުނު މައުލޫމާތަށް އިތުރު ބާރެއް ލިބިގެން ދިޔައީ އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ކުރެއްވި އެކްސް ޕޯސްޓްއިންނެވެ.   

ކޭޕާކް ހައުސިން ސްކީމަކީ ގެދޮރުވެރި ކަމުގެ ނަމުގައި މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޖަރީމާއެވެ. ކޭޕާކް ސްކޭމަކީ 2016 ވަނައަހަރު  އޭރުގެ ސަރުކާރުގެ މަތިފަޑީގައި ތިބި ބަޔަކު 1 މިލިއަން ޑޮލަރު ނަގާގެން ހިންގު ޖަރީމާއެއް ކަމަށް ވެއެވެ. އެކަމުގައި އެޗްޑީސީގެ އޭރުގެ ބައެއް އިސްވެރިންވެސް ބައިވެރިކޮށްފައިވާ ކަމަށް އެނގިފައިވެއެވެ. 

މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ކޭޕާކް ޢިމާރާތް ހެދުމަށް ހުޅުމާލޭން ބިން ދިނީ މަންޑޭގެ ކަރުދާސް ކުންފުންޏަކަށް އެޗްޑީސީން ދޫކުރި ބިމެއްގެ ގޮތުގައެވެ. މަންޑޭލައްވާ މިސްކޭމް ހިންގުވީ ކޮރެއާގެ ކިމް ކިޔާމީހަކު ބައިވެރިކޮށްގެން ހަމްބޯ ކޮރެއާގެ ނަމުގައި ކަރުދާސް ކުންފުންޏެއް އުފައްދައިގެންނެވެ. ކޭޕާކުގެ ނަމުގައި ކުރެހުމެއްހަދާ އޭރުގެ އެޗްޑީސީ މެދުވެރިވެގެން އެތަން މާރކެޓް ކުރުވީއެވެ.

ކޮރެއާގެ ކިމްއާއެކު ހެދި ކަރުދާހު ކުންފުނިން ހަންބޯ ކޮރެއާގެ ނަމުގައި 30އަށް ވުރެ ގިނަ ފްލެޓަށް ފައިސާ ނަގައިގެންވެސް އިމާރާތް ކުރަން ފެށޭގޮތް ނުވުމުން ސިނަމާލެ ބުރިޖް އެޅިއިރު އެތާ މަސައްކަތުގައި އުޅުނު މީހުނަށް ބޭނުންވާ ބައެއްތަކެތި ސަޕްލައި ކުރަން އުޅުނު ޗައިނާގެ ޖިން ޝިހޫ ކިޔާ މީހަކާއެކީ ހަމްބޯ ކޮމްޕެނީ ނަމުގައި އަލުން ކުންފުންޏެއް އުފެއްދީއެވެ. އަލުން އުފެއްދި ހަންބޯ ކުންފުނީގައި ޗައިނާގެ ޖިން ޝިހޫ ބައިވެރިކުރުވާ އެކަން އޭނާކުރާ ކަމަކަށް ހެއްދީ  ކުންފުނީގެ %95 ހިއްސާ ޗައިނާގެ ޖިން ޝިހޫ ދީގެންނެވެ. 

ކޭޕާކް އިމާރާތުގައި ކުރެވިފައިވާ އެއްވެސް މަސައްކަތަކީ ޗައިނާގެ ޖިން ޝިހޫ ނުވަތަ މަންޑޭގެ ލޯލާރިއެއްވެސް ހަރަދުކޮށްގެން ކޮށްފައިވާ މަސައްކަތެއް ނޫނެވެ. އެކަމަށް ސަރުކާރަކުންވެސް އަދި އެޗްޑީސީއަކުންވެސް އެއްވެސް ހަރަދެއް ކޮށްފައެއް ނުވެއެވެ. ކުރިކަމެއްކުރީ އެތައް ބަޔަކު އަތުން އެޕާޓްމަންޓް ވިއްކުމަށް މަކަރާ ހީލަތުން ހޯދި ފައިސާއިންނެވެ. 

މުއިއްޒުގެ ހައުސިންގ މިނސްޓްރީއާއި އެޗްޑީސީ ގުޅިގެން ހަންބޯއިން ހިންގި ނުރައްކާތެރި ސްކީމް މާރކެޓް ކޮށްދިނީ އެޗްޑީސީގެ ވެބްސައިޓުންނެވެ. އާއްމު ރައްޔިތުން އެތަނުން އެޕަރޓްމަންޓް ގަތުމަށް ފައިސާދައްކަމުން ދިޔައީ އެޗްޑީސީއަށް އިތުބާރުކޮށްގެނެވެ. އެތައް ބަޔަކަށް އެއް އެޕާޓްމަންޓް ވިއްކިޔަސް އެނގޭކަމަށް ނުހަދާ އޭރުގެ ހައުސިންގ މިނިސްޓަރ މުއިއްޒު ލޯމަރަލައިގެން ހުރީ ބައިއަޅާގެން ހިންގި ސްކޭމަކަށް ވާތީއެވެ. މުއިއްޒު މިނިސްޓަރުކަމުގައި ހުރިހާ ދުވަހު އެއްވެސް ކަމެއް ނުބަލާ ބާއްވައިގެން މަންޑޭ ހެދީ އެ ބޮޑުސްކޭމްގެ ގުރުބާން ކަންބަޅިއަށެވެ. 

ހަންބޯ ކުންފުނީގެ %95 ހިއްސާދާރު ޗައިނާގެ ޖިން ޝިހޫއަކީ ސްކޭމަރެއް ކަމަށް ހަދާ އޭނާގެ ބޮލަށް މުޅި މައްސަލަ ކަނޑާލުމުގެ މީޑިއާ ސްޓަންޓް މިހާރު ވަނީ ފަށާފައެވެ. ކަންނިމޭއިރު %5 ހިއްސާއޮތް މަންޑޭ މައުސޫމަކަށްވެ މުޅި ހަންބޯކުންފުންޏަކީ ވެރިންނަށް ބައިއަޅައިގެން މަންޑޭގެ ސްކޭމް ޓޫލަށް ބަދަލުވާނީއެވެ. 

މުއިއްޒުގެ ވެރިކަން ފެށުމާއެކު ކޮށްލަން ހުރިކަންކަން ކުރިޔަށް އޮތް 2 މަހެއްތެރޭގައި ނިންމުމަށްފަހު ކޭޕާކް އަލުން މަންޑޭއާ ހަވާލުކޮށްގެން ކެޕާކް މައްސަލަ ކޮލެއްގައި ޖައްސާ ނިންމަން މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ. މަންޑޭލައްވާ މިހާރު ފްލެޓްގަތުމަށް ފައިސާދެއްކި މީހުންނަށް ޑިމާންޑް ކުރުވަމުން ދަނީ އެޕާޓްމަންޓަށް ދޭން އޮތް ބާކީފައިސާ އަވަހަށް ހަމަޖައްސާ ނިންމުވުމަށެވެ. 

]]>
Sat, 01 Jun 2024 19:40:26 +0500 ހީރަސްނިއުސް
މުއްސަނދި ޔޫރަޕްގައި ފަގީރުންގެ ޖިފުޓިތައް https://heerasnews.com/2432 https://heerasnews.com/2432 ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި އިންތިހާ ދަރަޖައަށް ފަގީރު އަވަށްގަނޑު ހުންނަކަން ފަހަރުގައި ގަބޫލު ނުކޮށްފާނެއެވެ. އިންތިހާ ދަރަޖައަށް ފަގީރުވުމުގެ ސަބަބުން މުޑުދާރު އެހާމެ ބައިބޯ އަވަށްގަނޑުތަކަށް އާއްމުކޮށް ކިޔާއުޅެނީ "ސްލަމް"އެވެ. 

ޔޫރަޕްގައި އެންމެ ގިނައިން ސްލަމް އާބާދީ އޮންނަ 12 ގައުމެއް އޮވެއެވެ. ޔޫރަޕިއަން ޔުނިއަން އާއި އދ ގެ ތަފްސީލީ ދިރާސަތަކުން އެންމެ ބޮޑަށް ފާހަގަވާ ސްލަމް އާބާދީ އޮތް ޔޫރަޕްގެ ފަސް ގައުމަކީ ރޫމޭނިއާ އާއި ސްޕޭނާއި އިޓަލީ އާއި ބެލަރޫސް އާއި ޔުކްރެއިނެވެ.    

1. ރޫމިނިއާ

  • ޖުމްލަ އާބާދީ (2018): 10،515،554
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 1،523،000
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %14.4

ރޫމިނިއާގެ ސްލަމްގައި ދިރިއުޅޭ ގިނަ މީހުންނަކީ ރޯމާ އާބާދީއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ކުނި އަންދާ މީހުންނެވެ. ގައުމުގެ މުޅި އާބާދީގެ %14.4 މީހުން ދިރިއުޅެނީ ސްލަމްތަކުގައި ކަމުން މިއީ ދުނިޔޭގައި ސްލަމް އާބާދީ އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ބެލެވެއެވެ.

2. ސްޕެއިން

  • ޖުމްލަ އާބާދީ (2018): 37،588،424
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 2،907،000
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %7.8

ސްޕެއިން އަކީ ޔޫރަޕްގެ އެންމެ ބޮޑު އެއް ސްލަމްގެ ގޮތުގައި ސިފަކުރެވެއެވެ. އާބަން ސްލަމްތަކުގައި 2.9 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ސްޕެއިން އަކީ ޔޫރަޕްގައި އެންމެ ގިނައިން ސްލަމް އާބާދީތައް ދިރިއުޅޭ އެއް ގައުމެވެ.

3. އިޓަލީ

  • ޖުމްލަ އާބާދީ (2018): 42،559،879
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 3،007،000
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %7.2

ކޮވިޑް-19 އާއި ގުޅިގެން ސްލަމްގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ގެތަކެއް ބިނާ ކޮށްދީ އިސްލާހު ކުރުމަށް އިޓަލީ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

4. ބެލަރޫސް

  • ޖުމްލަ އާބާދީ (2018): 7،418،413
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 3،358،000
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %45.2

ބެލަރޫސްގައި އާބާދީގެ %45.2 މީހުން ދިރިއުޅެނީ ސްލަމްތަކުގައި ކަމުން މިއީ މުޅި ޔޫރަޕްގައި އެންމެ ބޮޑު ސްލަމް އާބާދީ އޮންނަ އެއް ގައުމަށް ވަނީވެފައެވެ. 

5. ޔޫކްރޭން

  • ޖުމްލަ އާބާދީ (2018): 30،946،609
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީ (2018): 5،497،000
  • ސްލަމްތަކުގައި ދިރިއުޅޭ އާބާދީގެ ނިސްބަތް (2018): %18

ޔޫކްރޭނަކީ ރަޝިޔާއިން އެގައުމަށް އަރައިގަތުމުގެ ކުރިން ވެސް ޔޫރަޕްގައި އެންމެ ބޮޑު ސްލަމް އާބާދީއެއް އޮންނަ އެއް ގައުމެވެ. ޔުކްރޭންގެ އާބާދީގެ %18 މީހުން 2018 ވެސް ދިރިއުޅެނީ ސްލަމްތަކުގައެވެ. އޭގެ ފަހުން އެގައުމުގެ ބޯހިޔާވަހިކަމުގެ ހާލަތު އިތުރަށް ވަނީ ވަރަށް ބޮދަށް ގޯސްވެފައެވެ. 

]]>
Sun, 28 Apr 2024 17:10:45 +0500 ހީރަސްނިއުސް
ފަތުރުވެރިކަމުގެ އައު ސްޓްރެޓެޖީތަކާހުރެ ބްރޭންޑް ހަލާކުވަނީ! https://heerasnews.com/2391 https://heerasnews.com/2391 ދެކުނު އޭޝިއާގައި މާކެޓިންގެ ރޮނގުން އާދަޔާ ހިލާފަށް މޮޅުކަމަށް ބެލެވޭ ގިނަ ބަޔކު ބައިވެރިވި މާކެޓަރސް ސަމިޓް 2024 މާލޭގައި ވަނީ ބާއްވާފައެވެ. މާކެޓަރސް ސަމިޓް 2024ގައި އަލަށް ތައާރަފްކުރެވޭ ބްރޭންޑް ސްޓްރެޓެޖީތަކާއި ސަރަހައްދުގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތަކާއި އުކުޅުތަކުގެ ވާހަކަ ދެކެވުނެވެ.

ސްރީލަންކާގެ މަޝްހޫރު ވިޔަފާރި ވެރިޔާ ޑރ. ރޮހަންތާ އަތުކޮރަލާ ވެސް ބައިވެރިވި މާކެޓަރސް ސަމިޓް 2024 ގައި އަތުކޮރަލާ ފާހަގަކުރެއްވި އެއް ކަމަކީ ޓޫރިޒަމް ބަޖެޓްގެ ތިންބައިކުޅަ އެއްބައި ގެސްޓް ހައުސް ގެ ނަމުގައި އާ ޕްރޮޑަކްޓް ރޭންޖެއް ތައާރަފްކޮށްފައި އޮތުމެވެ. 13،657 އެނދުގެ ކެޕޭސިޓީއާއެކު 809 ގެސްޓް ހައުސް ހުރިއިރު ފަތުރުވެރިކަމުގެ ސިނާއަތުގެ  ޖުމްލަ ކެޕޭސިޓީގެ ގާތްގަނޑަކަށް %20 ހިއްސާ ކުރަނީ ގެސްޓްހައުސްތަކުންނެވެ. ގެސްޓްހައުސް ވިޔަފާރިތަކުން އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރެވިދާނެތޯ ޑރ. ރޮހަންތާ އަތުކޮރަލާ ސުވާލު އުފެއްދިއެވެ.

ލަގްޒަރީ ފެންވަރުގައި ދަތުރުކުރާ ފަތުރުވެރިން  ޝައުގުވެރިވާ ގޮތްތައް ކިޔައިދެއްވަމުން އަތުކޮރަލާ އިތުރަށް ވިދާޅުވީ 176 ތަފާތު ރިސޯޓް ބްރޭންޑްތައް ރާއްޖޭގައި ހިންގަމުންދާކަމަށެވެ. ރާއްޖެއަށް ޑޮލަރުން ލިބޭ އާންދަނީގެ %60 ހިއްސާކުރަނީ ރިސޯޓްތަކުން ލިބޭ އާންދަނީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި "އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 3،000-15،000 ޑޮލަރާ ދެމެދުގެ އަގެއްގައި 43،279 އެނދު ހުރިއިރު، މިއީ ފަތުރުވެރިކަމަށް އެންމެ އެދެވޭ  މަޝްހޫރު ބްރޭންޑަކަށް ވެއްޖެ" އަތުކޮރާލާ ވިދާޅުވިއެވެ.

ކޮންރަޑް، ވޯލްޑޯފް އެސްޓޯރިއާ، ހިލްޓަން، އަދި ރިޓްޒް ކާލްޓަން ފަދަ ދުނިޔޭގެ އަގުބޮޑު، ލަގްޒަރީ ބްރޭންޑްތައް ރޫމް ސްޓޮކަށް އިތުރު 25 ފަސެންޓަށް އިތުރު ކުރަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިއީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް ބޮޑުތަން އިތުރު ކުރެވޭނެ މަގެއްކަން ގައިމެވެ. ވަން އައިލެންޑް ވަން ހޮޓެލް ކޮންސެޕްޓް ނަގަހައްޓަން ޖެހެއެވެ.

މާނައަކީ އަނދަވަޅެއްގެ ތެރޭގައި އަދިވެސް  އޮތް ދުނިޔޭގެ އިގްތިސާދުގައި، ވިސްނުން ތެރިކަމާއެކު ދިވެހި ރޢްޖޭގެ ފަތުރުވެެރިކަން އިސްތިހާރު ނުކޮށްފިނަމަ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނުހަނު  ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގައި ރެކިޓް ބެންކިސަރ އާއި ޔުނިލިވަރ ފަދަ އިނގިރޭސި މަލްޓިނޭޝަނަލް ކުންފުނިތަކަށް ހިދުމަތް ކޮށްފައިވާ  އަތުކޮރަލާ ފާހަގަކޮށްފައިވެއެވެ.

ކަމަކީ ކަންބޮޑުވާންވީ ކަމެކެވެ. ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް އަނދަވަޅަކަށް ވެއްޓިއްޖެކަމުވާ ނަމަ ދިވެހިން ޖެހޭނީ ކޮން ހާއްލެއްގައިހެއްޔެވެ.

ބަނގުރޫޓުވެފައިވާ ބްރޭންޑްތަކުގެ ވާހަކަތައް ދުނިޔޭގެ މާކެޓުގައި ފަތުއަޑުކިޔާފައި ދެކެވެއެވެ. އިބުރަތަކަށް ގިނަ ބަޔަކު އެވާހަކަ ދައްކައެވެ. ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އަގު ހިފެހެއްޓުމަށާއި ގޯސް ސަބަބަކާ ހުރެ ޔުނިވާސިޓީއެއްގެ ކޭސް ސްޓަޑީއަކަށް ނުހެދުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާ އެކަން ކަށަވަރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިއެވެ.

]]>
Tue, 09 Apr 2024 17:59:14 +0500 ހީރަސްނިއުސް
އިންޑިއާ މީހުން ފިޔާ ކަންޏާ ދިވެހިން ތިބެނީ ފިޔާކައިގެން! https://heerasnews.com/2277 https://heerasnews.com/2277 ގަބުޅިއާއި ދިޔާ ހަކުރާއި ވަޅޯމަހަކީ ދިވެހީންގެރާއްޖޭގެ އިރު ކޮއްތަށް ނުހަދާ ވާކަށްނެތެވެ. ގަބުޅިއާއި ދިޔާ ހަކުރާއި ވަޅޯމަހަކީ އިރުކޮއްތު ކަމަށް ހަދަން އުޅުނަސް ހެދޭކަށް ވެސް ނެތެވެ.

ދިޔާހަކުރެއް ކަރުހަކުރެއް ލިބޭކަށް ނެތެވެ. ރާއަރާ މީހަކު މަދުން ނޫނީ ނޫޅެއެވެ. ހަކުރު ހިލަން ދަންނަ މީހުނެއް ވެސް އެވަރަކަށް ނޫޅެއެވެ. ދިޔާހަކުރު ކަންޏާ އެވެސް ޖެހޭނީ އިންޕޯޓް ކުރާށެވެ. ހެޔޮވަރު ވަރަކަށް ހަކުރު ހިލާ ބަޔަކު އުޅުނަސް އުޅެނީ އިންޑިއާގައެވެ. 

ތިން ހަތަރު ލައްކަ މީހުން ކާވަރަށް ގަބުޅި ލިބޭކަށް ރުއްރުކުގައި މަތިވަރެއް ނެތެވެ. ރުއްތައް ހުރީ ކޮޅުން ފޯދި ފަން ކުރުވެފައެވެ. ދިވެހީންގެ ރާއްޖެއަށް ކާއްޓާއި ގަބުޅިއާއި ކުރުނބަލަށް ދާންދެން އިންޕޯޓް ކުރަން އޮތީ ޖެހިފައެވެ. އިންޕޯޓް ކުރަންޏާ ކުރަންވީވެސް އިންޑިއާ އިންނެވެ.

ވަޅޯ މަހަކީވެސް ނުލާހިކު ތަދު އެއްޗެކެވެ. މަހަކީވެސް މިހާރަކު އެހާ ފަސޭހައިން ބޭވެން އޮތް އެއްޗެއް ނޫނެވެ. ފައްޔާ ރިޔަލުގައި ނިކުމެ ރަށު ކަންދަށުން އިހުގައި މަސްބެޔަސް އެކަންވެސް މިހާރަކު ވާކަށް ނެތެވެ. އެއް ތަނުން އަނެއް ތަނަށް ހިރެލެވެން ވެސް އޮތީ ތެޔޮ ހުރެގެންނެވެ. ތެލަކީ ރާއްޖެއަކުން ލިބޭކަށް ހުރިއެއްޗެއް ނޫނެވެ. އެންމެ ކައިރީގައި ތެޔޮ ނަގާ ގައުމަކަށްވެސް އޮތީ އިންޑިއާއެވެ.

އެހެން ކަމުން ގަބުޅިއާއި ދިޔާހަކުރާއި ވަޅޯމަހަށް އެނބުރި ދެވޭކަށް ނެތެވެ. ބޭރުން ގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން އުޅެން އާދަވެފައިވާ ރާއްޖޭގައި ބަނޑުފުރާނަ މުއްތި ކުރެވެން އޮތީ ބޭރުން ތަކެތި ގެނެސްގެނެވެ. ގައުމިއްޔަތު ކިތަންމެ ފުޅާވެ ދިގުވެފައި އޮތަސް އެނޫން ގޮތެއް ދިވެހީންގެރާއްޖެ އަކަށް ނެތެވެ. 

އަނެއްކޮޅުން އަލުތްވާއި ބިހާއި ފިޔާ ބޭނުން ނުކޮށް ދިވެހީންގެ އިރުކޮއްތު ކެއްކޭކަށް ނެތެވެ. ރާއްޖޭން ލިބޭ ކުކުޅު ބިހަކުން އެކަނި ހަމަޖެއްސޭކަށް ނެތެވެ. އަލުތްވާއި ފިޔާ ރާއްޖޭގައި ހެދުނަސް ހައްދާ ބަޔަކު ނޫޅެއެވެ. ދިވެހީންނަށް ފިޔާ ނެތި ކާއެއްޗެއް ރޯފިލުވޭ ކަމަކަށް ނުވެއެވެ. 

އަލުތްވާއި ބިހާއި ފިޔާ ގުދަންކޮށްގެން ގިނަ ދުވަހު ގެންގުޅުމަކީ ހަރަދު ބޮޑު އުނދަގޫ ކަމެކެވެ. ކުރު މުއްދަތުގައި އަވަހަށް ރޯލުކޮށް ނުލެވިއްޖެނަމަ ބޮޑުބައެއް ހަލާކުވާ އުމުރު ކުރު އެ ޒާތުގެ ކާބޯތަކެތި ދުރު ކަރަކަރައިން ގެނެސްގެން ނުވިއްކެނީ އެހެންވެއެވެ. ޒަމާނުއްސުރެ އަލުތްވާއި ބިހާއި ފިޔާ އުތުރު ކަރައިން ގެނންނަނީ އެހެންވެގެންނެވެ. އަތްފޯރާ އަގެއްގައި ބާޒާރުން އެތަކެތި ލިބެން ހުންނަނީ އެހެން ވެގެންނެވެ. 

އިންޑިއާ ނޫންގޮތެއް ހޯދައިގެން އުޅެން ދިމާކޮށްފައިވާ ދިވެހީންގެރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް އަލުތްވާއި ބިހާއި ފިޔާ ހޯދޭނެ ފަސޭހަ އެހެން ގޮތެއް ހޯދާ ނުދީ އޮތަސް ދިވެހިންނަށް އަލުތްވާއި ބިހާއި ފިޔާ ކޮންމެ ދުވަހަކުވެސް ބޭނުންވެއެވެ. އެތަކެއްޗާ ނުލާ ދިވެހިންނަކަށް ނޫޅެވެއެވެ. ވައްތަރަކަސް ފިޔާގެ ބަދަލުގައި ވިހަ ކަނދޮޅެއް ބޭނުމެއް ނުކުރެވޭނެއެވެ. 

އިންޑިއާގެ ބާޒާރަށް އަންނަ އެކިއެކި ލޮޅުން ތަކުގައި ދޭތެރެ ދޭތެރެއިން އިންޑިއާއިން ފިޔާ ބޭރުކުރުން މަޑު ޖައްސާލައެވެ. އިންޑިއާއިން ފިޔާ ބޭރުކުރުން މަޑުޖައްސާލާ ކޮންމެ ފަހަރަކުވެސް މީގެކުރިން ރާއްޖެއަށް ދަތިނުވާ ވަރަށް ފިޔާ ލިބޭނެ ގޮތް ހަމަޖައްސާ ދެއެވެ. އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލިޔަސް ރާއްޖެއަށް ބަރާބަރަށް ފިޔާ ލިބިލިބި ހުރެއެވެ. މީގެ ކުރިން އިންޑިއާ މީހުން ފިޔާ ކަންޏާ ދިވެހިން ތިބެނީ ފިޔާ ކައިގެންނެވެ. 

ހުސްވި ޑިސެމްބަރު މަހުން ފެށިގެން އަންނަ މާރިޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން އިންޑިއާއިން ވަނީ ހުއްޓާލާފައެވެ. އެކަމުގެ ނުރަނގަޅު އަސަރު ރާއްޖޭގެ ބާޒާރަށް ދަނީ ކުރަމުންނެވެ. ރާއްޖެއަށް ކުރިންދޭ އިސްތިސްނާ ރާއްޖެއަށް އިންޑިއާ ނުދިނުމުންނެވެ. މުއިއްޒުގެ ހައްދުފަހަނައެޅި ގައުމިއްޔަތުގެ ސަބަބުން ރާއްޖޭގައި ފިޔާ ދަނީ މާވަހަރަށް ވަމުންނެވެ. 

އެހެން އެކަން އޮއްވާ ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުމުގެ ހާއްސަ ހުއްދައެއް އިންޑިއާއިން ދީފިއެވެ. އިންޑިއާ ސަރުކާރުން ހާއްސަ ހުއްދައެއް ދީގެން ފިޔާ ލިބޭ އަވަށްޓެރި ގައުމުތަކުގެ ލިސްޓްގައި މިފަހަރު ދިވެހީންގެރާއްޖެ ނުހިމެނުނެވެ. ޒަމާންވީ އަހުވަންތަ ގުޅުމުގައި މުއިއްޒު ކޮޅުފައިން ޖެހުމުގެ ނަތީޖާ ދިވެހިންނަށް ވަރަށްވެސް ހިއްޗެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމުގެ ހާއްސަ ހުއްދަ ދީފައިވަނީ ބަންގްލަދޭޝްއާއި ބޫޓާންއާއި ސްރީލަންކާއާއި މޮރިޝަސްއަށެވެ. ކިހާދެރަ ހެއްޔެވެ. 

]]>
Wed, 21 Feb 2024 14:52:57 +0500 ހީރަސްނިއުސް
2027 ވަނަ އަހަރު ފެނަކައިގެ 90 އިންސައްތަ ދަރަނި ދައްކާ ނިންމޭނެ https://heerasnews.com/3070 https://heerasnews.com/3070 ކުރީ ސަރުކާރުން ފެނަކަ ދަރުވާލާފައިވާ ކަމަށް ބުނާ ބުނުމާ އެއްބަސްވެވޭކަށް ނެތެވެ. ކަމުގެ ހަގީގަތަށް ފީނާލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ސިޔާސީ ބޭނުމަށް ވެސް ހަގީގަތް އޮޅުވާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ރަނގަޅަށް ވިސްނާ ފިކުރުކުރާށެވެ. 2027 ވަނަ އަހަރު ނިމޭއިރު ފެނަކައިގެ 90 އިންސައްތަ ދަރަނި ދައްކާ ނިމޭނެ ކަމަށް އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވެސް ވަނީ ވިދާޅުވެފައެވެ. 

ކުރީގެ ވެރިކަމުގައި ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައިން ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ 2024 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް ނިންމަން ޓާގެޓްކޮށްފައިވާ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ފޯކާސްޓު ދައްކާ ގޮތުން 2027 ވަނަ އަހަރު ނިމޭއިރުގަ ފެނަކައަށް ލިބޭ އާމްދަނީން ފެނަކައިގެ ދަރަނި ދައްކަމުން ގޮސް ހަމަ ގާތްގަނޑަކަށް 90 އިންސައްތަ ދަރަނި އަޅުގަނޑުމެންނަށް ހަލާސްކުރެވޭނެ." ކަމަށް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގެ ދަރަނި ބޮޑުވީ ކުންފުނީގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރި މަސައްކަތާއި ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުން ކަމަށެވެ. އަގުތައް އުފުލުމުންވެސް އިންފްރާސްޓްރަކްޗާގެ މަސައްކަތް ނުހުއްޓުމާއި ގުޅިގެން އަންދާޒާ ކުރި ވަރަށްވުރެ ބޮޑަށް ދަރަނި އިތުރުވި ކަމަށް ސަޢީދު އެއްބަސްވެއެވެ. އޭރު ސަރުކާރުން ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫޢުތަކަށް ބަޖެޓުން ބޭރުން ބޮޑެތި ޚަރަދުތައް ކުރަން ޖެހުންވެސް ދަރަނި ބޮޑުވުމުގެ އެެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ މާލީ ޙާލަތަށް އަލިއަޅުވާލައްވަމުން ސަޢީދު ފާހަގަކުރެއްވި ގޮތުގައި ފެނަކައަކީ އާމްދަނީ ހޯދަން ޤާއިމުކުރެވިފައިވާ ތަނެއް ނޫނެވެ. އެކަމަކު، ރަށްރަށުގެ ގެތަކުގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ފެނަކައިން ކަރަންޓު ފޯރުކޮށްދިނުމުން އާމްދަނީ އިތުރުވި ކަމަށް ސަޢީދު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވިގޮތުގައި ކުރީ ސަރުކާރުން ފެނަކައާއި ހަވާލުވި ފަހުން ކުންފުނީގެ އާމްދަނީ 40 އިންސައްތައިން އިތުރުވިކަމަށެވެ.

ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެއް ކަނެކްޝަން ހިލޭ ގުޅައިދިނުމަށް ޤާނޫނަކުން ކަނޑައެޅުމުގެ ސަބަބުން އެކުންފުންޏަށް ފެނާއި ނަރުދަމާގެ ސަބަބުން ލިބެމުންދިޔަ ބޮޑު އާމްދަނީ ނުލިބުނު ކަމަށް ސައީދު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވިގޮތުގައި މިނިމަން ވޭޖް ކަނޑައެޅުމުން ކުންފުނީގެ މުވައްޒަފުންގެ ޕޭރޯލަށް އައި ބަދަލުތަކާއި ގުޅިގެން ވެސް އާމްދަނީއަށް ލޮޅުންތަކެއް އެރިކަމަށެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައެވެ. 

]]>
Mon, 12 Feb 2024 16:27:27 +0500 އެޑިޓަރ
އާސަންދަ: މުއިއްޒު ވެރިކަމުގެ ކެންސަރު https://heerasnews.com/2197 https://heerasnews.com/2197 ރަންކޮޅާ ރައީސް މުއިއްޒޫއެވެ. ހަމަ ބިމަށް ތިރިވެ މަތި ބަލައިލަ ބަލާށެވެ. ރަން ބުއްދި ނުވެ ވިސްނާ ފިކުރުކޮށްލަ ބަލާށެވެ. ދެއްކޭ ނުދެއްކޭ ވާހަކައަށް އެކަނި އިނދެ ވިސްނާލަ ބަލާށެވެ. ވަށައިގެން ތިބެ ހުޝާމަދު ކުރާ މީހުންނާ މެދު ހުޅުވިފައިވާ ލޮލަކުން ބަލައިބަލާށެވެ. ބޮކަށް ރަންފުށް މައްޗަށް އެރިގެން އުޅޭހެން ނޫޅެބަލާށެވެ.

ރާއްޖޭގެ ވެރިކަމަށް އެރިފަހުން އަދި މިވީ އެންމެ ދެމަހެވެ. ރާއްޖޭގެ ހާލަތާ މެދު ކުޑަކޮށްވެސް ވިސްނާލީމު ހެއްޔެވެ. ރައްޔިތުންގެ އިހުސާސާއި ވިންދު ހުރިގޮތް އެއްވެސް ވަރަކަށް އެނގޭ ހެއްޔެވެ. ސްމާޓް ފޯނު ހިފައިގެން ރީތި ހެދުން ލައިގެން މީހުން އުޅޭތީ ފޯރާފަ އިތުރު ވެގެން އުޅެނީއޭ ހީވަނީ ހެއްޔެވެ. މިލިޔަނުން ޑޮލަރުވަންނަ ރިސޯޓްތައް ރާއްޖޭގައި ހުންނާތީ ރައްޔިތުން ތިބެނީ ވަރަށް ފުދިގެންނޭ ހީވަނީ ހެއްޔެވެ. 

ހަމަ ތެދެކެވެ. ފަސް އިރު ރަނގަޅަށް ކައިބޮއެ އުޅެވެނީ އިނގިލިން ގުނާލެވޭހާ މަދު ބަޔަކަށެވެ. ކަރަންޓް ބިލު ދައްކައިފިއްޔާ އެމަހު ހައިހޫނު ކަން ފިލާވަރަށް ނުކައި ތިބޭ އާއިލާތައް ރާއްޖޭގެ ކަންކޮޅު ތަކުގައި އިންތިހާއެވެ. މަހުން މަހަށް މުސާރައެއް ގަވައިދުން ލިބޭ މީހަކު ވިއްޔާ ހުރީ ދަރަނީގެ ދަންތުރައިގައެވެ. އާޒިމާ ޝުކޫރުމެން މިލިޔަން މިލިޔަނުން ދަރާ ފައިސާ ނުދެއްކިފައި ތިބޭއިރު އާދައިގެ މީހާ ހުންނާނީ ކޮން ހާލެއްގައި ހެއްޔެވެ. މިހެން ކިޔާފަ ނުކިޔާނެ ވަކި ކަމެއް ނެތެވެ.

ކިތަންމެ ބޭނުން ވިޔަސް މަތިހަށި ނަގާފައި ނެތްވަރު ދައްކަން އުޅޭކަށް ނުވާނެއެވެ. ނުވާވަރުން ކަންކަން ކުރަން އުޅެން ހެޔޮނުވާނެއެވެ. މުޅި ދައުލަތް ވެލްފެއަރ ސްޓޭޓަކަށް ބަދަލުކޮށްގެން ނުފޯރާ ފޮތިން ފޫގަޅަން ހަދައިގެން އެކީ އެކައްޗަކަށް ދައުލަތް އޮތީ މިހާރުވެސް ބަރަހަނާ ވެފައެވެ.

ނުވާވަރުން ކުރަންއުޅޭ ކަންކަމުގެ ތެރެއިން ސަރުކާރުންދޭ އާސަންދަޔަށް އެކަނި ވިސްނާލިޔަސް ހީބިހި ނަގައެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކް ތަކާއި ބޭސް ފިހާރަތަކަށް ދައުލަތުން ދައްކަން އޮތް ފައިސާގެ ގިނަ ކަމުން އެތަންތަން ހިންގޭކަށް ނެތެވެ. އާސަންދައިން ފައިސާ ނުލިބިގެން އެތަންތާ ތަޅުއަޅުވަން ޖެހޭނީ މިއަދު ނޫނީ މާދަމާ ނޫންކަމެއް ނޭގެއެވެ.

އަވައްޓެރި ލަންކާއާއި އިންޑިއާގެ ހޮސްޕީޓަލްތަކާއި ލެބޯޓަރީ ތަކާއި ބޭސް ފިހާރަތަކަށް ދަންކަން ފައިސާ އޮތީ މަދެއް ސުމާރެއްކޮށް ނޫނެވެ. އާސަންދައިން ބޭސް ފަރުވާއަށް ފުރަންޖެހި ނުފުރިފައި ތިބީވެސް އެތައް ސަތޭކަ ބައެކެވެ. ވާނީވެސް އެހެންތާއެވެ. ހިދުމަތް ދިނުމުގައި ރާއްޖޭގެ ހޮސްޕިޓަލެކޭ ހެލްތު ޕޯސްޓެކޭ ތަފާތެއް ނެތުމުން އެންމެންވެސް ފުރަފުރައިގެން ބޭހަށް ދާންޖެހެނީ ބޭރަށެވެ.

އާސަންދައިގެ ހާލު އެހެން އޮއްވާ ވެރިކަމަށް އެރިގޮތަށް އަރާ އާސަންދައިން ހަރަދު ކުރާނެ އައު ކަންތައް ތަކެއް އިތުރުކޮށް އާސަންދައިގެ ބުރަ އިހުނަށްވުރެ ވެސް ބޮޑުކޮށްލީއެވެ. ބޯން މެރޯއާއި މެޑިކަލް ޗެކަޕާއި ދަރިމައި ކުރުވުމަށް ދާންދެން އާސަންދައަށް މަހާލީއެވެ. ގިނަކަންކަން ރާއްޖޭން ކުރެވެން ނެތްއިރު އެންމެ ކައިރިން އެންމެ ހަރަދު ކުޑަކޮށް ކުރެވެން އޮތީ އިންޑިއާ އިންނެވެ.

އެހެނެއް ކަމަކު އިންޑިއާއަށް ވުރެ ދެރަނުވާށާއި ބަހުގަ ނުޖެހޭން ބެންކޮކާއި ދުބާއިން އާސަންދައިން ބޭސް ފަރުވާކުރަން ހަމަ ޖެއްސާއިރު އަމިއްލަ ހާލެއް ނޭނގެއެވެ. ކިތަންމެ ވާކަން ދެއްކުމަށް ބޭނުން ވިޔަސް ހިފަން އުޅެންވާނީ ހިފޭ ވަރުންނެވެ. ދުބާއީއާއި ބެންކޮކްގެ ބޭސްފަރުވާ ކިތަންމެހާވެސް ރަނގަޅު ވާނެކަން ނޭނގެނީ ކާކަށް ހެއްޔެވެ. މިހާތަނަށް އެކަން ނުކުރެވި އޮތީ ކުރިން ކުރަން އުޅުނު ބަޔަކަށް އެކަން ނޭގިގެނެއް ނޫނެވެ. ދާމޫގަނޑުގައި އެވަރު ނެތިގެންނެވެ.

ކުއްލި ހާލަތުގައި ބަލިމީހުން ބެންކޮކަށް ކީއްކުރަން ހެއްޔެވެ. އެމެރިކާއަށްވެސް ގެންދެވޭ ވަރުގެ ގޮތްތައް ދުނިޔޭގެ ތަންތާ އެބަހުއްޓެވެ. އެކަމަކު ބަޔަކު ކުރާހާ ކަމެއް އަހަރެމެން ކުރާނީ ކިހިނެއް ހެއްޔެވެ. ޑޭޝް8 ބޯޓުގައި ބަލިމީހުން ބެންކޮކަށް ގެންގޮސްދޭން ބުނެފައި އެހެން ނުބުނާ ކަމަށް ހަދަން ސައިޓަށް އެވާހަކަ ލާލާފައި ނެގިޔަސް ކުރެވޭނީ ކުރެވޭ ވަރުގެ ކަންކަމެވެ. ބަޔަކަށް ޖެއްސުމަށް ވެސް ކަމެއް ފަށަން ވާނީ ބަރުމަރުކާ އަޑިއަށް ނުދާވަރު ބަލައިގެނެވެ. މިހާވަރުން ދަންޏާ އާސަންދައަކީ މުއިއްޒު ސަރުކާރުގެ ކެންސަރަށް ނުވެއެއް ނުދާނެއެވެ،

]]>
Fri, 19 Jan 2024 10:21:29 +0500 ހީރަސްނިއުސް
އިބޫ އެޅި ކާގޯ ޓާމިނަލް މުއިއްޒު ހުޅުވާ ރެބަން ކެނޑުން! https://heerasnews.com/2188 https://heerasnews.com/2188 ވެލާނާ އިންޓަރނޭޝަނަލް އެއާއޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލާއެކު އަހަރަކު 12،0000 ޓަނުގެ ކާގޯގެ ހިދުމަތް ދެވެނޭ ގާބިލުކަން ހުރި ކާގޯ ޓާމިނަލެއް ރައީސް ސޯލިހު ވަނީ ތަރައްގީކޮށް ނިންމާފައެވެ. އާ ކާގޯ ޓާމިނަލް 2022 ވަނަ އަހަރު ހުރީ ނިމިފައެވެ. އެތަން ނުހުޅުވާ ހުރީ ވެލާނާ އިންޓަރނޭޝަނަލް އެއާއޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖަރ ޓާމިނަލާއެކު ހުޅުވުމަށެވެ. 

ނިމިފައި ބޭނުން ނުކޮށް ބަހައްޓާފައި ހުރިކަމަށް ހަދައިގެންވެސް ކުރީގެ ސަރުކާރު ބަދުނާމު ކުރެވޭތޯ ވާނީ ބަލާށެވެ. ވަހަކަ ބޮޑުކޮށްގެން އެވާހަކަ ދައްކަން އެންމެ ތާހިރު މީހަކީ ރައީސް ސޯލިހު ސަރުކާރުގައި ކަސްޓަުމުގެ ވެރިކަމުގައި ހުރެފައި ކުލަ ބަދަލުކޮށްގެން މުއިއްޒު ސަރުކާރަށް ވަދެ ވީއައިއޭގެ އެމްޑީކަން ކުރާ ޝަރީފެވެ. މީހެއްގައި ލަދު ހަޔަތުގެ ކަންފުޅެއް ވެސް ނެތިއްޖެއްޔާ ކުރާކަށް ނުކުރާކަށް ކަމެއް ނުއޮންނަނެއެވެ. 

އާނއެކެވެ. ވީއައިއޭގެ އާ ކާގޯ ޓާމިނަލް އިމާރާތް ޓެކްނިކަލީ 2022 ގައި ވަނީ ނިމިފައެވެ. އާ ކާގޯ ޓާމިނަލަކީ 2018 ވަނަ އަހަރު ވީއައިއޭ ބޮޑު ކުރުމަށް ހިންގަންފެށި މަޝްރޫއުގެ ތެރޭން އިމާރާތް ކުރަން ފެށި ތަނެކެވެ. ތަން ބޭނުން ކުރުމަށް ނުފަށާ ހުރީ އެކަމަށް އިސް ކަން ނުދެވިގެނެއް ނޫނެވެ. ހަމަގައިމުވެސް މިއަދު ހުޅުވި އާ ކާގޯ ޓާމިނަލަކީ މުއިއްޒު ވެރިކަމަށް އައިސް ހޭދަވާ ދެމަސް ދުވަހުގެ ތެރޭގައި ފުއްޓަތްކެއް ޖަހާލައިގެން ބިނާކޮށް ރިބަން ކަނޑަން ލިބުނު ތަނެއް ނޫނެވެ.   

ކުރީގެ ޓާމިނަލަށްވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓާމިނަލަކަށް އެތަންހެދީ މުއިއްޒެއް ޝަރީފެއް ނޫނެވެ. އަހަރަކު 50،000 ޓަނުގެ ކާގޯގެ ހިދުމަތްދެވެމުން އައި ޓާމިނަލުގެ ބަދަލުގައި 120،000 ޓަނުގެ ކާގޯގެ ހިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން އުފެއްދީ ރައީސް ސޯލިހެވެ.

ޒަމާނީ ވަސީލަތްތަކާ އެކުގައި ގާއިމު ކުރެވިފައިވާ އައު ޓާމިނަލަކީ ކުރީގެ ޓާމިނަލަށްވުރެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވާ ތަނެކެވެ. އާ ޓާމިނަލުގައި ބޭނުން ކުރާނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރެވެ. ތިން ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތުގައި އެއާލައިންތަކާއި ބްރޯކަރުންނަށް 55 އޮފީހުގެ ޖާގަ ހުރެއެވެ. ކާގޯ އާ ޓާމިނަލުން ހިދުމަތްދޭނީ އެންމެ ޒަމާނީ ފެންވަރަށެވެ. 

އަތްފުޅާކޮށްފައި ގޮސް ރިބަން ކަނޑާ ތަނުގެ މޮޅު ވާހަކަ ދައްކާއިރު ކުޑަމިނުން ދުލުކުރިން ޝުކުރު އަދާކޮށްލަން ވެސް މިބައި ގަނޑަށް ނޭގެއެވެ. އެއްވެރިކަމުން އަނެއް ވެރިކަމަށް ނަގުލުވާ ކަންކަން ހުންނާނެއެވެ. ރާއްޖޭގައި އޮތީވެސް ހިނގަ ހިނގާ އޮތް ދައުލަތެކެވެ. ކުރީ ސަރުކާރުން ފެންނަ އުނި ކަންކަމުގެ ވާހަކަ އަޑަށް ބާރުލާފައި ދައްކާހެން ރަނގަޅަށް ކުރެވިފައި ހުންނަ ރަނގަޅު ކަންކަމުގެ ވާހަކަ ދެއްކޭ ވަރަށް ހަންބޯ ނޫންނަމަ މެޑެލް ޖަހަން އުޅޭނޭ ކަމެއް ނެތެވެ. ކިތަންމެ ފޮނެއް އެރުވިޔަސް ވީއައިއޭގެ އާ ކާގޯ ޓަރިމިނަލް ބިނާ ކުރީ ރައީސް ސޯލިހު ނޫން ކަމަކަށް ނުހެދޭނެއެވެ. ޝުކުރިއްޔާ ރައީސްއެވެ.

]]>
Mon, 15 Jan 2024 21:45:47 +0500 ހީރަސްނިއުސް
މާފަރު އެއަރޕޯޓުން ތެޔޮ ހުސްވެގެން ޖެޓްތައް ނުފުރިފާ https://heerasnews.com/2165 https://heerasnews.com/2165 ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ފިޔަވާ އެންމެ ބިޒީ އިންޓަރނޭޝަނަލް އެއަރޕޯޓް ކަމަށްވާ މާފަރު އެއަރޕޯޓުން މަތިންދާ ބޯޓަށް އަޅާ ތެޔޮ ހުސްވެ ނުފުރިފާ އެތައް ޖެޓެއް އެބައޮތެވެ. އައު އަހަރު ފާހަގަ ކުރުމަށް ރާއްޖެއައި މަހުޖަނުން ތަކެއްގެ ޖެޓްތައް މާފަރުގައި ތެޔޮނެތިގެން ނުފުރިފައި ތިބިކަމަށް އިތުބާރު ހުރި މަސްދަރު ތަކަކުން ހީރަސް ނޫހަށް ވަނީ ކަށަވަރު ކޮށްދީފައެވެ. މި އަދުވެސް މާފަރުގައި ނުފުރިފައި ފަސް ޖެޓް އޮތްކަމަށް މައުލޫމާތު ލިބެއެވެ. 

ދުނިޔޭގެ މުއްސަދިން ރާއްޖެ އައިސް ނުފުރިގެން ރާއްޖޭގައި ތާށިވެފައި ތިބޭކަށް ބޭނުމެއް ނުވާނެއެވެ. ކަމަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރާނެކަމެކެވެ. އެކަމުގެ ކަންބޮޑުވުން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރައްވާ މުހައްމަދު ފިރާގު ފަދަ ބޭފުޅުން ވެސް ދަނީ ފާޅުކުރައްވަމުންނެވެ.

ޕްރައިވެޓް ޖެޓްގައި އަންނަނީ ބޭނުން އިރަކު ފުރައިގެންދާން ބޭނުންވާ ބޮޑެތި ފައިސާވެރިންނެވެ. އެ މީހުނަށް ގެއްލޭ ކޮންމެ މިނިޓަކީ މިލިޔަން ޑޮލަރުގެ ގެއްލުމެކެވެ. މާފަރު އެއަރޕޯޓްގައި ތެޔޮ ނެތުމަކީ ވަގުތުން ފުރައިގެން ދާން ބޭނުންވާ ޖެޓް ތަކުގައި ރާއްޖެއައި ފަތުރުވެރިޔާ ތަހައްމަލު ކުރަން ޖެހޭނެ އުނދަގުލެއް ނޫނެވެ. އެކަމުގެ ސަބަބުން ގެއްލިގެން ދަނީ ރާއްޖޭގެ ޓޫރިޒަމަށް ދުނިޔޭގައި އޮތް އިތުބާރެވެ. މަދުވާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާ ލިބޭ ފައިސާއެވެ.

ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މިއިން އެއްވެސް ކަމަކާމެދު ކުޑައިކޮށް ވެސް ނުވިސްނައެވެ. އޭގެ ގިނަ މީހުންގެ ކަމަކީ ސޯޝަލް މީޑިއާގެ އޮޅިތަކުގައި ރާގު ރާގަށް ޕޯސްޓު ކުރުމެވެ. އެއްބަޔަކު ރައީސް މުއިއްޒު ޕްރަމޯޓް ކުރަނީއެވެ. ވާދަވެރިންނަށް ރައްދު ދިނުމާ ނަފުރަތު އުފެއްދުމުގައި ހޭބޯ ނާރައެވެ. އަނެއް ބަޔަކު މާލޭ މޭޔަރު ހޮވުމުގެ ކެންޕޭނު ކުރުމުގައެވެ. އަނެއް ބަޔަކު އިންޑިއާއަށް ފުރައްސާރަ ކުރުމުގައެވެ. 

ރާއްޖޭގެ ފަތުރުވެރިކަން ފުޑުނަސް ހެޔޮތާއެވެ. އިންޑިއާގެ ޓޫރިޒަމް ފުޅާކުރުމަށް އެގައުމުން ކުރާކަން ތަކަށް ފާޑުކިޔާ އެ މީހުން ރުޅިއެރުވުން ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުވުމަށް ކުރަން ހުރި ކަންކަން ކުރުމަށް ވުރެ އެމީހުންނަށް މުހިންމެވެ. އެއަރޕޯޓަކުން ތެޔޮ ހުސްވިޔަސް ނުފުރިފާ ޕްރައިވެޓް ޖެޓް ތަކެއް އޮތަސް ވަރިހަމަތާއެވެ. ވަޒީފާގެ ޒިންމާ އަދާކުރުމަކީ އެމީހުން ކުރާނެ އެހެންކަމެއް ނެތިގެން ކުރާކަމަކަށް އޮންނަނީ ހަދާފައެވެ. 

]]>
Sat, 06 Jan 2024 16:05:13 +0500 ހީރަސްނިއުސް
ދާއިމީ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކުރާނެ https://heerasnews.com/2023 https://heerasnews.com/2023 ދާއިމީ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކުރާނެ ކަމަށް ފެނަކަ ކޯޕަޜޭޝަނުން ހާމަކޮށްފިއެވެ.

ފެނަކަ ކޮޕަރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކުންފުންޏަށް އެކި މަޝްރޫޢުތަކަށް މީހުން ނަގާފައިވަނީ ނޮވެމްބަރ 30 ގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ އުސޫލުން ކަމަށެވެ. އެހެންކަމުން، އެ މުވައްޒަފުން ނެގުނު ބޭނުން ފުރިހަމަވުމުން އެ މުވައްޒަފުންނާއެކު ހަދާފައިވާ އެެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް ފެނަކައިން ބުނެފައި ވެއެވެ.

ނިމިދިޔަ ސަރުކާރުން ވަޒީފާ ދީފައިވާ މީހުން ވަކިކުރަން އުޅޭކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. އަދި މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ގުޅުންހުރި ކުއްލި މައްސަލައެއްވެސް ހުށަހަޅާފައި ވެއެވެ. މިކަމަށް ރައްދުު ދެމުން ފެނަކައިން ބުނީ އެކުންފުންޏާއި ބެހޭގޮތުން ބައެއް ފަރާތްތަކުން މީޑިއާ މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން ޙަގީޤަތް އޮޅުވާލައިގެން ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

"ބައެއް ރަށްރަށުގައި އިންޖީނުގެއާއި އޮފީސް އިމާރާތްކުރުމަށް ފަށާފައިވާ މަޝްރޫއުތައް ނިމި ބައެއް މަޝްރޫތަކަށް ބޭނުންވާ ތަކެތި ހުސްވެ ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތްއިރު އެ މަޝްރޫއުތަކަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު ރިޔާސީ އިންތިހާބާ ދިމާކޮށް އަދި އިންތިހާބުގެ ފަހުން މިދިޔަ މަހުގެ 30 އަށް އިތުރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ." ފެނަކައިން ބުނެފައިވެއެވެ.

އެ ކަމަކީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއި ޔަގީންކަމާ އެކު ފޯރުކޮށްދިނުމަށް ހުރަސް އެޅޭގޮތަށް ކޮށްފައިވާ ކަމެއް ކަަމަށްވެސް ބުނެފައި ވެއެވެ. އަދި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ހުރިހާ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވޭނެ މަގުން ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަަކައިން ބުނެފައި ވެއެވެ.

"މަޝްރޫތަކަށް އަދި ފާއިދުވެދިޔަ ތިން މަސްދުވަހު އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާ މި ވަގުތަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް މަޝްރޫތަަކަށް ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން ނަގައި އާ ސަރުކާރަކާއި ކުންފުނީގެ އާ މެނޭޖްމަންޓް ބުރައަކަށް ވާގޮތަށް މިދިޔަ މަހުގެ 30 ގެ ނިޔަލަށް ކޮންޓްރެކްޓް މުއްދަތު ހަމަވާގޮތަށް ހަމަޖައްސާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓްތައް އައު ނުކުރުމަށް ވަނީ ނިންމާފައެވެ." ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މުވައްޒަފުންގެ އޮނިގަނޑުން ބޭރުން ވެސް ގިނަ އަދަދަކަށް މުވައްޒަުން ނަގައި ދާއިމީކޮށްފައިވާއިރު އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ކުންފުނީގެ މިހާރުގެ މެނޭޖެމްނަޓުން ކުރުމަށް ނިންމާފައިވާ ކަމެއް ނޫން ކަމަށް ފެނަކައިން ބުނެފައި ވެއެވެ.

]]>
Fri, 05 Jan 2024 23:57:49 +0500 ހީރަސްނިއުސް
ފެނަކަ ދިއްދޫ އޮފީހުން 57 މުވައްޒަފުން ވަކިކުރީ ކޮންޓްރެކްޓް ހަމަވުމުން https://heerasnews.com/2048 https://heerasnews.com/2048 ފެނަކަ ދިއްދޫ އޮފީހުން 57 މުވައްޒަފުން ވަކިކޮށްފައިވަނީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާއި ގުޅިގެން ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން މުއާޒް ވިދާޅުވީ މިއަދު ފެނަކަ ދިއްދޫ ބްރާންޗުން ވަކިކޮށްފައިވާ މުވައްޒަފުންނަކީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާއި ގުޅިގެން ދޫކުރަން ޖެހުނު ޕްރޮޖެކްޓް ސްޓާފުން ކަމަށެވެ.

"އެއީ ޕަވަރ ހައުސް ކޮންސްޓްރަކްޝަނަށް ނަގާފައިވާ ވަގުތީ މުވައްޒަފުން. މިވަގުތު ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައި އޮތީމަ ކޮންޓްރެކްޓް ސްޓާފްސްގެ ކޮންޓްރެކްޓް ރިނިއު ނުކުރަން ވަނީ ނިންމާފައި. އެއްބަސްވުން އައު ނުކުރާނެ ކަމަށް ފާހަގަކޮށްފައި އޮންނާނެ" މުޢާޒް ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމެން ކުރު މުއްދަތަކަށްވެފައި ވަނިކޮށް ފެނަކައަށް 2000 އަށް ވުރެ ގިނަ މުވައްޒަފުން ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ ކަމަށް މި ސަރުކާރުން ހާމަކޮށްފައި ވެއެވެ. ފެނަކައިގެ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިނުކުރި ނަމަވެސް ވަކި މަޝްރޫޢުތަކަށް ޚާއްސަކޮށް މުވައްޒަފުންނާއި ހަވާލުކުރެވުނު މަސައްކަތް ނިމި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އައު ނުކުރާނެ ކަމަށް މި ސަރުކާރުން ބުނެފައި ވެއެވެ. ކުންފުނީގެ މަސައްކަތްތަކަށް އެކަށީގެން ނުވާ މިންވަރަށް ވަގުތީ މުވައްޒަފުން ނަގާފައިވާއިރު ފެނަކަ އޮތީވެސް ބޮޑު އަދަދަކުން ދަރަނިވެރިވެފައި ކަމަށްވެސް ސަރުކާރުން ފާހަގަކޮށްފައި ވެއެވެ.

މީޑިއާއަކަށް މަޢުލޫމާތު ދެމުން ފެނަކައާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ވަކިކުރި މުވައްޒަފަކު ބުނީ ނިމިދިޔަ ނޮވެމްބަރުގައި އެއްބަސްވުމުގެ މުއްދަތު ހަމަވީއިރު ހަތަރު މުވައްޒަފަކު އިއްޔެއާއި ހަމައަށް ފެނަކައިގެ މަސައްކަތަށް ނިކުމެފައިވާ ކަމަށެވެ. މުއާޒު ވިދާޅުވީ "އެފަދައިން މަސައްކަތްކޮށްފައިވާނަމަ މަސައްކަތް ކުރި ދުވަހަކަށް އުޖޫރަ ދޭނެ" ކަމަށެވެ.

ފެނަކައިގެ ސީއެޗްއާރްއޯ ޙަސަން ހުސައިން ވިދާޅުވީ އެމުވައްޒަފުންގެ މުސާރައިގެ ޙައްޤަށް އުނިކަމެއް ނުގެނެސް، މަސައްކަތަށް ނުކުތް ހުރިހާ ދުވަސްތަކަށް އެއްބަސްވެފައިވާ އުޖޫރަ ދޭނެ ކަމަށެވެ. އަދި ކުންފުނިން ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓް ހަމަވުމުންވެސް ދެފަރާތުން އެއްބަސްވާނަމަ މަސައްކަތަށް ނެރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވާ ކަމަށެވެ. އެހެން ނަމަވެސް، ޢާންމު އުސޫލުން ކޮންޓްރެކްޓް ހަމަވާތާ އެެއް ދުވަސް ފަހުންވިޔަސް އިތުރަށް މަސައްކަތް ކުރުވަން ބޭނުންވާނަމަ، އެކަން މުވައްޒަފަށް ކޮންޓްރެކްޓެއް ފޮނުވައިގެން އަންގާ ކަމަށް ޙަސަން ވިދާޅުވެއެވެ.

"ކޮންޓްރެކްޓްގައި ސާފުކޮށް ބަޔާން ކޮށްފައިވަނީ މިކޮޅުން ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓް ހަމަވިކަމުގައިވިޔަސް ދެފަރާތުން ބޭނުންވެއްޖެނަމަ އެ މަސައްކަތް ކުރެވިދާނެ ކަމަށް ކޮންޓްރެކްޓް އިތުރު ނުކޮށްވެސް." ހަސަން ވިދާޅުވިއެވެ.

މިކަމުގެ ތަފްސީލުތައް ހާމަކުރައްވަމުން ހަސަން ވިދާޅުވީ ހއ، ދިއްދޫ ޕަވަރހައުސް ކޮންސްޓްރަކްޝަން މަޝްރޫޢުއަށް ނަގާފައިވާ 70 މުވައްޒަފުންގެ ތެރެއިން 57 މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު 15 ޖެނުވަރީގައި ހަމަވެފައިވާ ކަމަށެވެ. އަދި ބާކީ ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް 20 ޖެނުވަރީގައި ހަމަވާއިރު އެމުވައްޒަފުން އެހާތަނަށް ފެނަކައިގައި މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

"އެއީ ދިއްދޫ ބްރާންޗްގެ އިންޖީނު ހަދަން ނަގާފައިވާ ވަގުތީ މުވައްޒަފުން. އެބޭފުޅުންނަށް ކަނޑައެޅިގެން އެނގޭނެ ވެއްދިއިރުގައިވެސް ވަކި މަސައްކަތަކަށް ވަގުތީ އުސޫލުން ކަން ނަގާފައިވަނީ. އެއްވެސް ޙާލަތެއްގައި މުވައްޒަފުން ކަނޑާލީކީއެއް ނޫން އަޅުގަނޑުމެން. ފައިނޭންޝަލް ޙާލަތު ހުރިގޮތުން މިވަގުތު އިންޖީނުގެ އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެބޭފުޅުންނަށް އެންގިން. އެތާނގައި މަސައްކަތް ނުކުރާތާ ތިން މަސް ވެއްޖެ. މަސައްކަތެއް ނެތިއްޔާ އަޅުގަނޑުމެންނަށްވެސް އެބޭފުޅުން ނުބެހެއްޓޭނެ ނޫންތޯ. މިހުރިހާ ދުވަހު މަސައްކަތެއް ނެތަސް، އެބޭފުޅުންނަށް އަޅުގަނޑުމެން މުސާރަ ދެމުން ދިޔައީ." ޙަސަން ވިދާޅުވިއެވެ.

]]>
Fri, 05 Jan 2024 13:12:38 +0500 ހީރަސްނިއުސް
މަސްކިރާތާ 48ގަޑިއިރުން ދޭންބުނި ފައިސާނުދޭތީ ނައިފަރު މަސްވެރިން ހަނާވަނީ https://heerasnews.com/2158 https://heerasnews.com/2158 މަސްވެރިން މަސް ކިރާތާ 48 ގަޑި އިރު ތެރޭގައި މަހުގެ ހަމައަގު މަސްވެރިންނަށް ދޭނެކަމަށް މި ސަރުކާރުން ފޮނިކެނޑިއެވެ. މަސްވެރިކަމާ ބެހޭ ވަޒީރު ނައިފަރު ޝިޔާމު މަސްވެރިކަމޭ ކިޔައިގެން އަނގަދިޔާ ކުރާތީ ފަކުރު ގަނެއެވެ. މަސްވެރި ރަށަކަށް އުފަން ޑައިވަރަކަށް ފިޝަރީޒް މިނިސްޓަރުކަން ލިބުނީމާ މޮޅުތަކެއް ވާނެ ކަމަށް ބަޔަކު ހީކުރިއެވެ. 

މުއިއްޒު ސަރުކާރުގައި ރައްޔިތުންނަށް ދަރާފައި ނުބާއްވާނެ ކަމަށް ބުނެ އެންމެ އަޑުގަދަކުރާ އެކަކީ މަސްވެރިކަމުގެ ވަޒީރު ނައިފަރު ޝިޔާމެވެ. ޝިޔާމަށް އެނގެނީ މަޖިލީހުގައި ވަދު އަޅައިގެން ރިޝްވަތު ކަންނެލި ބާނާށެވެ. މެންބަރުން ގަންނަން އެތައް މިލިޔަން ރުފިޔާއެއް މިސަރުކާރުން ހަރަދުކުރިއިރު މަސްވެރިން ތިބީ ބޭނި މަސްކޮޅަށް އަގުނުލިބިގެން އަނގަޔާ އަތާ ދިމާނުވެ ނިހާއީ ބިކަހާލުގައެވެ. 

ނައިފަރަށް ނިސްބަތްވާ މީހަކު މަސްވެރި ވަޒީރުކަމުގައި ހުރެ ނައިފަރު މަސްވެރިންނަށް އަގު ނުދެވޭ ސަރުކާރަކުން ރާއްޖޭގެ އެހެން މަސްވެރިންނަށް އަގުދޭނީ ކިހިނެއް ހެއްޔެވެ. މިނިސްޓަރަށް ގުޅޭ ނަމްބަރާއި ގުޅާނެ ގޮތް އެނގޭ ގުޅާ މެސެޖްކޮށް އުދަނގޫކުރާ ނައިފަރު މީހުނަށް ހޯދާ ނުދެވޭ ފައިސާއެއް ޝީޔަމަށް އެހެން ބަޔަކަށް ހޯދައެއް ނުދެވޭނެކަން ގައިމެވެ. 

ހައްގު ތެދެކެވެ. ނައިފަރު މަސް ދޯންޏަކުން މި ސަރުކާރަށް ގަތް މަހަށް ފައިސާ ނުދޭ 16 ބިލު އެބައޮތެވެ. ފައިސާ ލިބެންޖެހޭ 16 ބިލަށް ސަރުކާރުން ދައްކަންޖެހޭ ރުފިޔާގެ މިންވަރު 2 މިލިއަނަށް ވުރެގިނައެވެ.

ނައިފަރު އޮޑިވެރިޔަކު މައުލޫމަތު ދިން ގޮތުގައި އެންމެ ފަހުން އޭނާގެ ދޯނީގެ މަސް ބިލަކަށް ސަރުކާރުން ފައިސާ ދީފައިވަނީ ހުސްވި ޑިސެމްބަރ މަހު ނުވައެއް ގައެވެ. ޑިސެނމްބަރު މަހު ނުވައެއްގައި އެދިން ފައިސާއަކީ ނޮވެންބަރ 11 ވަނަ ދުވަހު ކިރި މަސް ބިލަށްވާ 179000.00 ރުފިޔާއެވެ. އޭގެ ފަހުން 16 ބިލުގެ ފައިސާ އެއޮތީ ނުދައްކައެވެ. މަސްކިރާތާ 48ގަޑި އިރު ތެރޭގައި މި ސަރުކާރުން ފައިސާ ދޭގޮތް ކިހާ ތާހިރުހެއްޔެވެ.

ކިރާ މަހަށް ފައިސާ ނުލިބިގެން މަސްވެރި އާއިލާތައް ތިބީ ގޮތް ހުސްވެފައެވެ. މަސްކިރާތާ 48 ގަޑިއިރުން ދޭން ބުނި ފައިސާ ނުލިބި އޮޑި ދޯނިފަހަރު މަހަށް ފުރުވޭކަށް ނެތެވެ. މަސްވެރި އާއިލާތަކު އަނގަޔާ އަތަކާ ދިމައެއް ނުވެއެވެ. ހަލާލު މަސައްކަތުން ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ބައްކޮށްލައިގެން ފައިސާ ނުދީ ތިބޭކަށް ނައިފަރު ޝިޔާމުމެން ލަދެއް ހަޔާތެއް ނެތެވެ. ނައިފަރުގެ އެންމެ ދޯންޏަކަށް މިސަރުކާރުން މިހާލު ޖައްސާލާފައިވާއިރު އެހާލުގައި އުޅެނީ ކިތަކަށް މަސްވެރި އާއިލާ ހެއްޔެވެ. 

]]>
Wed, 03 Jan 2024 16:17:55 +0500 ހީރަސްނިއުސް
މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މަހަކު 79 މިލިއަން ހޭދަކުރަންޖެހޭ https://heerasnews.com/2151 https://heerasnews.com/2151 ފެނަކަ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މަހަކު 79 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭ ކަމުގައި ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް މިކަން ހާމަކުރެއްވީ މިއަދު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މުއާޒް ވިދާޅުވީ މި ސަރުކާރުން ފެނަކައާއި ހަވާލުވީއިރު ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރާފައި ކަމަށެވެ. އަދި ނުވިތާކަށް ކުންފުނިން ނަގާފައިވާ އެކިއެކި ކޮންޓްރެކްޓް މުވައްޒަފުންގެ ސަބަބުންވެސް ޚަރަދުތައް ބޮޑުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެކި މަޝްރޫޢުތަކަށް ބޭނުންވާވަރަށްވުރެ އިތުރަށް މުވައްޒަފުން ނަގާފައިވާތީ ފެނަކައިން ވަނީ މަސައްކަތެއް ނެތިފައި ތިބި އެތަކެއް މުވައްޒަފުންނެއްގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ދޫކޮށްލާފައެވެ. މުވައްޒަފުންގެ ޕޭރޯލްއަށް ހޭދަވާ ފައިސާ ކުޑަކޮށްގެން ނޫނީ ފެނަކަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމުގައި މުއާޒް ވިދާޅުވިއެވެ.

"މުވައްޒަފުންގެ އަދަދުތަކަށް ބަލާއިރު، ވޭޖްއަށް ކުރިން ހޭދަ ކުރަން ޖެހެނީ 20 މިލިއަން ރުފިޔާ، މިހާރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ހޭދަ ކުރަން ޖެހޭ 74 މިލިއަން ރުފިޔާ، އެންމެ ފަހުން މުސާރަ ދިން އިރުވެސް 79 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޭދަ ކުރަން ޖެހުން، ކޮންޓްރެކްޓް ހަމަވުމުން 904 މުވައްޒަފުން ދޫކޮށްލުމުން ވެސް، ޕޭ ރޯލުން 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވޭ،" މުއާޒް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ނިމުނު އިރު ކުންފުނީގައި 2700 މުވައްޒަފުން ތިބިއިރު، މި އަހަރު ނިމޭއިރު ކުންފުނީގައި 8100 މުވައްޒަފުން އެބަ ތިބިކަން މުއާޒް ފާހަގަކުރެއްވިއެވެ. ބައެއް މަސްތަކުގައި ހުސް އެކަނި މުސާރަ ދިނުމަށް ޖުމްލަ 82 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަން މުއާޒު ހާމަކުރެއްވިއެވެ.

]]>
Thu, 28 Dec 2023 10:30:00 +0500 ހީރަސްނިއުސް
ސްނާމީއޭ އެއްބައިވަންތަކަމޭ ކިޔަން ސަރުކާރު ލަދެއްނުގަނޭ! https://heerasnews.com/2139 https://heerasnews.com/2139 ރާއްޖޭގައި ސްނާމީގެ ވާހަކައަކީ ދޫދޫ މަތިން ކިޔޭ ތާރީޚީ ވާހަކައަކަށް ބަދަލުވެއްޖެއެވެ. ސްނާމީގެ ހާދިސާއަކީ ސްކޫލުތަކާ ޔުނިވަރސިޓީތަކުގައި ދިރާސާކުރާ މައުޟޫޢަކަށް ވެއްޖެއެވެ. ސްނާމީއަކީ ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ހާދިސާއަކަށް ވެއްޖެއެވެ. 

ސްނާމީގެ ހިތާމަވެރި ބިރުވެރި ހާދިސާއަށް ނަވާރަ އަހަރު ފުރުނީއެވެ. ފަޚުރުވެރިކަމާއެކު ގައުމީ އެއްބައިވަންތަކަމުގެ ވާހަކަ ދައްކާ ރާގުރާގަށް ލަވަކިޔާ ހަދާއިރު ސްނާމީ ހާދިސާއާއި ގުޅިގެން އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުންތައް ލިބުނު ބައެއް ފަރާތްތައް އަދި އަދަށް ވެސް އެގެއްލުމުން އަރައިނުގަނެވި ތިބިކަން ދެނަ ހުރި މީހަކު ނެތެވެ. އެކިނަންނަމުގައި އެކި ގޮތްގޮތަށް ގެއްލުމުގެ ބަދަލު ބައެއް ފަރާތްތަކަށް ލިބުނު ނަމަވެސް ހަތަރު އަނާއެއްގެ މިންވަރުވެސް ނުލިބޭ ފަރާތްތައް ތިބިކަން ސަރުކާރުތަކުން ދެނަހުރި ކަމަކަށް ނުހަދައެވެ. 

ސްނާމީގައި އެންމެ ބޮޑު ގެއްލުން ލިބުނު އެއްފަރާތް ކަމުގައިވާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މަތީން 2004 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އޮތްހާ ސަރުކާރުތަކުން ވަނީ ހަނދާން ނައްތާލާފައެވެ. އެކުންފުނީގެ އާދޭސް ތަކަށް ކުޑަވެސް ސަމާލުކަމެއް ނުދީ ދީފައިވަނީ ބީރު ކަންފަތެވެ. ދިވެހިރާއްޖޭގެ އިގްތިޞާދަށް ކިތަންމެ ބޮޑު މަންފާއެއް ހޯދާދީފައިވާ ކުންފުންޏެއް ކަމަށްވިޔަސް ސަރުކާރުތަކުން ކޮށްލީ ވަރިހަމައެވެ.

މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އޭ ބުނުމުން އެއީ ކޮންބައެއްކަން ފަހަރުގައި އާއްމުންނަށް ނޭނގިދާނެއެވެ. އެކަމަކު ރާއްޖޭގެ އިގްތިޞާދީ ދާއިރާގައި މަސައްކަތް ކުރާ ރަސްމީ އިދާރާތަކަށް އެއީ ކޮންބައެއް ކަމެއް ނޯޅޭނެއެވެ. 

ސްނާމީގެ ހާދިސާ ހިނގުމާ ހަމަޔަށް މެރިން ކޮރަލް މޯލްޑިވްސްއަކީ ރާއްޖޭގައި މަސްބަންދުކޮށް ރައްކާކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އައި ކުންފުޏެކެވެ. ދިވެހި މަސްވެރިންގެ މެދުގައި މަޝްހޫރު "ގާގަގަނޑު" އެއީ މިދެންނެވި ވިޔަފާރީގެ މަރުކަޒެވެ. މަސްވެރިން އަތުން މަސްގަތުމާއި މަސްވެރިންނަށް އައިސް ފޯރުކޮށް ދިނުމުގައި އެންމެ ފުޅާދާއިރާގައި ރާއްޖޭގައި އޭރު މަސައްކަތް ކުރި އަމިއްލަ ކުންފުންޏަކީ މެރިން ކޮރަލް މޯލްޑިވްސްއެވެ.

ހެޔޮވަރުގެ ތިން ރިސޯޓުން އެތެރެކުރާ ބޭރު ފައިސާއަށް ވުރެގިނައިން ބޭރު ފައިސާ ރާއްޖޭގެ އިގްތިޞާދަށް ވައްދާދެމުން ދިޔަ އަމިއްލަ ކުންފުންނޏަކީ މެރިން ކޮރަލް މޯލްޑިވްސްއެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އެކްސްޕޯޓަރަކީ މެރިން ކޮރަލް ކަމުގައިވެގެން އެކުންފުންޏަށް ދިވެހި ދައުލަތުން އެތައް އަހަރަކު ގައުމީ ފެންވަރުގެ އިނާމުތައް ދީފައިވެއެވެ. 

ގާގަނޑުގައި ހިންގަމުން އައި މެރިން ކޮރަލް ކުންފުނީގެ މަސްބަންދުކޮށް ބޭރުކުރާ ފެކްޓަރީއަށް ސްނާމީ ހާދިސާގައި އިންތިހާ ދަރަޖައަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އިޔާދަ ނުކުރެވޭ ވަރަށެވެ. މަސްރައްކާ ކުރުމަށް އެތާގައި އިންސްޓޯލްކޮށްފައި ހުރި 40 ފޫޓްގެ ދެ ކޮންޓޭނަރު ކަނޑު ބޭރުވެ އޮޔާގޮސް ގެއްލުނެވެ. މެޝިނަރީތަކާއި އިމާރާތްތަކާއި ސްޓޮކް ކޮށްފައި ހުރި އެތައް މިލިޔަން ރުފިޔާގެ މަހަށް ލިބުނުގެ ގެއްލުން އެތައް މިލިޔަން ޑޮލަރަކަށް އަރައިގެން ދިޔައެވެ.

އެހެނެއް ކަމަކު ސްނާމީގައި އެކުންފުންޏަށް ލިބުނު ގެއްލުންތަކަށް އެއްވެސް ސަމާލުކަމެއް އެއްވެސް ސަރުކާރަކުން ނުދިނެވެ. ސްނާމީ ހަދިސާއާއި ގުޅިގެން މާލެ އަތޮޅު ގައުގަނޑުގައި އެކުންފުނިން ގާއިމު ކޮށްގެން ހިންގި މަސްރައްކާކުރާ ކާރުހާނާއަށް ލިބުނު ގެއްލުންތަކުގެ ދިރާސާ ރިޕޯޓެއް ސަރުކާރަށް ހުށަހަޅާ އެހީތެރިކަމަށް އެދުނު ނަމަވެސް އަޅާ ކަހާވެސް ނުލިއެވެ. ކުޑަމިނުން ލިބުނު ގެއްލުންތައް ބަލާވެސް ނުލިއެވެ.

ޒިންމާދާރުކަން މިހާވަރަށް ކުޑަ ސަރުކާރުތަކުން ކޮންމެ އަހަރަކު ސްނާމީއޭ އެއްބައިވަންތަކަމޭ ކިޔައިގެން ލަވަކިޔާ ނަށަން ލަދު ނުގަންނަކަމެވެ. ޓޫރިޒަމަށް އެކަނި ބަރޯސާނުވެ މަސްވެރިކަމުގެ ސިނާއަތު ފުޅާކުރާ ވާހަކަ ދައްކަން ސަރުކާރުތަކުން ލަދު ނުގަންނަކަމެވެ. ރާއްޖޭގެ އިގުތިޞާދުގައި އަމިއްލަ ފަރާތްތަކުން ބައިވެރިވުމުގެ ވާހަކަ ސަރުކާރު ތަކުން ދައްކަނީ ހެޔޮ ނިޔަތެއް އޮވެގެންނެއް ނޫނެވެ.      

]]>
Wed, 27 Dec 2023 14:05:26 +0500 ހީރަސްނިއުސް
ރައީސަށް ޖެއްސުން ކުރަނީ ރައީސް & އެމްޑީޕީއެއް ނޫން https://heerasnews.com/2119 https://heerasnews.com/2119 ކިހާ ތާހިރު ހެއްޔެވެ. ދައުލަތުގެ މުސާރަތައް ބޮޑު ކުރަން އެކަކުވެސް ނޭދެއެވެ. އެކަން ދެނަހުރި މީހަކުވެސް މުއިއްޒު ސަރުކާރުގައި ނޫޅެއެވެ. އެކަމަކު ކުރީގެ ސަރުކާރުގެ އެހީތެރި ކަމާއެކު 2024 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލީ ރައީސް މުއިއްޒުގެ އިންތިގާލީ އޮފީހުންނެވެ. ދައުލަތުގެ މުސާރަތައް ބޮޑުކުރަން ވައުދުވީ ޑރ. މުއިއްޒެވެ.

މުސާރަ ބޮޑުކުރާކަށް ނޭދެމޭ ބޮޑުކުރާ ބައިދޭނީ ކުޑަކުދިންގެ ހިޔާއަށޭ ބުނެ ކަންކަން ގައިންނައްޓަން ރައީސް މުއިއްޒު އުޅޭނެ ކަމެއްނެތެވެ. ވެރިކަން ލިބުނީ މާ ވެރިކަމަށް އަންނަން ނުކުޅަދާނަ ވައުދުތައް ވެ އެކަންކަން ބަޖެޓްގައި ހިމަނާފައި މަޖިލީހުން މުއިއްޒު އެދުނު ގޮތަށް ގިނަކަންކަން ފާސްކުރަން އުޅުނީމާ މަޖިލީހުގެ ބޮލަށް ކަނޑާލައިގެނެއް ނުރެކެވޭނެއެވެ. 

ފަނޑިޔާރުންގެ މުސާރަ ތިން ގުނަ ކުރާށާއި ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރާށާއި މިހެން ގޮސް ހެއްދެވިހާ ބައެއްގެ މުސާރަ ބޮޑުކުރަން ވައުދުވެ 2024 ގެ ބަޖެޓްގައި ހިމެނީ މުއިއްޒުގެ އިންތިގާލީ އޮފީހުންނެވެ. ބަޖެޓް ހެދީ މުއިއްޒުގެ އިންތިގާލީ އޮފީހުންކަން ފުށިދިއްގަރުފަޅު ހިއްކަން 400 މިލިޔަން ރުފިޔާ ބަޖެޓްގައި ޖަހާފައި އޮތީމާ އެނގޭނެއެވެ. 

ބުނަން ހެއްޔެވެ. ތިރީގައި އެވާ އެންމެންނަށް މުސާރަ ކަނޑަ އެޅުމަކީ މަޖިލީސް ނޫން އެހެން ކޮން ބައެއްގެ ކަމެއްޔެވެ. މުސާރަ ބޮޑުކުރަން ބަޖެޓްގައި ހޭކެނޑޭ ވަރަށް އިންތިގާލީ އޮފީހުން ފައިސާ ހިމަނާފައި އޭގެ މައްޗަށް ބިނާކޮށް މަޖިލިޙުން މުސާރަ ކަނޑައަޅަން ޖެހޭ މީހުނަށް މުސާރަ ކަނޑައަޅާނެ ގޮތް ނިންމީމާ މަޖިލީސް ނުބައިކޮށް ފިތުނަ އުފައްދާނެ ކަމެއް ނެތެވެ. 

އަތްގުޅި ނުކާވަރަށް މުސާރަތައް ބޮޑުކުރަން ވައުދުވެ އިންތިގާލީ އޮފީހުން ހެދި ބަޖެޓްގައި މުސާރަތައް ބޮޑުކުރަން ޖަހާ އެ ގޮތަށް މަޖިލީހުން ބަޖެޓް ފާސް ވީއިރު ވެސް ރައީސް މުއިއްޒު ހުރީ ގަހުގައެވެ.ދެނަހުރި ކަނޑެއް ފަޅެއް ނޫނެވެ. ތިމަންނާ މުސާރަ ބޮޑުކުރާކަށް ނޭދެމޭ މުސާރަ ބޮޑުކުރާކަށް ބޭނުމެއް ވެސް ނޫނޭ ބުނާނީ އެހެންވެތާއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ކިޔޭ ނުކިޔޭ އެއްޗެއް ރައީސް ކަމުގައި ހުރި މީހާއަކަށް ނޭނގެއެވެ. މާތްކަލާކޯ މިހިރަ މުއިއްޒޫއެވެ. އެހާވަރުގެ ކަންކަން ނޭނގޭ އިރު ވެރިކަން ކުރަން ނޫޅެ އަވަހަށް އިސްތިއުފާ ދޭށެވެ. 

މުސާރަ ބޮޑުކުރަން ކަނޑައެޅީ ރައީސެވެ. ވައުދުވީ ރައީސެވެ. މުސާރަ ބޮޑުކޮށްގެން ރައީސަށް ޖެއްސުންކުރަންޏާ ކުރަނީވެސް ރައީސެވެ. މަޖިލީހެއް އެމްޑީޕީއެއް ނޫނެވެ.

ކޮންމެ ބަޔަކު ބަޖެޓް ހެއްޖަސް ބަޖެޓް ފާސް ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުން ބަޖެޓް ފާސް ކުރަނީ ދައުލަތުގެ މުއައްސަސާތަކާ މަޝްވަރާކޮށް އެވަގުތަކަށް ގެނެވެން ހުރި ހުރިހާ ހެޔޮ ބަދަލެއް ގެނެސް ގެންނެވެ. އެގޮތުން ބައެއް ކަންކަން އިތުރުކޮށް ބައެއް ކަންކަން އުނި ކުރަންޖެހެއެވެ. ގެންނަންޖެހޭ ހުރިހާ ބަދަލެއް ގެނެސް ބަޖެޓް ފާސްކުރުމަކުން އަދި މަޖިލީހުގެ މަސައްކަތެއް ނުނިމެއެވެ. 

ދައުލަތުގެ ވަކި ހާއްސަ މަގާމުތަކަކަށް މުސާރަ ކަނޑައެޅުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެކެވެ. ބަޖެޓްގައި މުސާރަ ބޮޑުކުރަން ކަނޑައެޅިފައިވާ ދައިރާތަކާއި މުސާރަ ބޮޑު ކުރަން ފާސްކޮށްފައިވާ މިންވަރަށް ބަލައިގެން މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ މަގާމުތަކަށް މުސާރަ ކަނޑައަޅާ ފާސްކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ. މާލިއްޔަތު ކޮމެޓީ އެކުރި މަސައްކަތަކީ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ މަގާމުތަކުގެ މުސާރަ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ފެންނަ ގޮތް ކަނޑައެޅުމެވެ. ކޮންމެ ބަޔަކު މަޖިލީހުގައި ތިއްބަސް އެކަން ނުކޮށެއް ނުވާނެއެވެ. 

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ

  • ރައީސުލްޖުމްހޫރިއްޔާ
  • ރައީސުލްޖުމްހޫރިއްޔާހެ ނައިބު
  • މަޖިލިސް ރައީސް
  • މަޖިލީހުގެ ނައިބު ރައީސް
  • އުއްތަމަ ފަނޑިޔާރު
  • މަޖިލިސް މެމްބަރުން
  • ވަޒީރުން
  • އެމްއެމްއޭ ގަވަަރނަރ
  • އެޓަނީ ޖެނެރަލް
  • ޕްރޮސިކިއުޓަރ ޖެނެރަލް
  • ފަނޑިޔާރުން
  • ޤާޟީންނާއި މެޖިސްޓްރޭޓުން
  • މޭޔަރުން
  • ރަށު ކައުންސިލް ރައީސުންނާއި ނައިބު ރައީސުން
  • ކައުންސިލް ތަކުގެ މެމްބަރުން
  • މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުންނާއި އެތަންތާނގެ ނައިބުން
  •  މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެމެމްބަރުން
  • ގާނޫނު ލާޒިމުކުރާ އިތުރު ބައެއް ފަރާތްތައް.
]]>
Wed, 20 Dec 2023 17:19:17 +0500 ހީރަސްނިއުސް
މަސްކިލޯއެއް 20 ރުފިޔާއަށްވުރެ ދަށެއް ނުވާނެ! https://heerasnews.com/2091 https://heerasnews.com/2091 ކުރީގެ ސަރުކާރުން ރޯމަސް ކިލޯއެއް -/25 ރުފިޔާއަށް ގަންނަމުން ދަނިކޮށް އެއަށްވުރެ ރަނގަޅަށް މަސްވެރިންނަށް ކަން ކޮށްދޭން އައި މުއިއްޒު ސަރުކާރުން މަސްވެރިންނަށް މިހާތަނަށް ސަރުކާރަކުން ކޮށްދޭ އެންމެ ރަނގަޅު ކަންތައް ކުރަން ނިންމައިފިއެވެ. އެއީ މަސްކިލޯ އަކުން 5 ރުފިޔާ އަށްވުރެ ބޮޑަށް އަގު ކުޑަ ނުކުރާނެކަމުގެ ޔަގީންކަން ދިނުމެވެ. 

މަސްވެރިންގެ ހަތަރެސްފައި ބުރިކުރަން ސަރުކާރުން ނިންމާފައި ހަމަ އެކަނި އެއްފައި ކަނޑާ ގޮތަށް އެނިންމުން ފަހުން ބަދަލު ކުރިޔަސް ވާނީ ސަރުކާރުން މަސްވެރިންނަށް ކޮށްދިން ވަރަށް ބޮޑު ހެޔޮކަމަކަށް ތާއެވެ.!  

20 ރުފިޔާއަށް ވުރެ އަގުދަށް ނުކުރާނެ ކަމަށް ތިޔަދޭ ޔަގީން ކަމަކީ މަސްކިލޯއަކުން 5 ރުފިޔާ ސަރުކާރުން ދަމައިގަންނާނެ ކަމުގެ ޔަގީން ކަމެވެ. ތިޔަ ދިނީ މަސް ގަންނަ އަގު ކުޑަކޮށް މަސްވެރިންނަށް ލިބޭ އާމްދަނީ މަދުކުރާނެ ކަމުގެ ޔަގީން ކަމެވެ.

ހަދާ ކޮންމެ ހީލަތަކާ މަކަރަކަށް ރީތި ނަމެއްދީގެން ރައީސް ނިންމަވައިފިއޭ، ރައީސް ޔަގީންކަން ދެއްވައިފިއޭ ކިޔަސް އާޚިރުގައި ރައްޔިތުންނަށް ތިޔަ ދެނީ ގެއްލުމެވެ. ކަންކުރަނީ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އެރި ގޮތަށެވެ.

]]>
Sun, 10 Dec 2023 17:50:17 +0500 ހީރަސްނިއުސް
މުއިއްޒުގެ ނަޒާހަތްތެރިކަން ބޮލާފޮށާއެޅި ދެފުށް ފެންނާނެ! https://heerasnews.com/2080 https://heerasnews.com/2080 އުސޫލުން ބޭރުން ކަންކަމަށް އެދެންޖެހޭ ގޮތަށް ކަންކަން ތަރުތީބު ކުރަނީ ކޮރަޕްޝަން ހިންގާށެވެ. އެބުނާ ހުދު ގިރުވާނު މީހުން އުފަންވަނީ ކޮރަޕްޝަނުންނޯލައެވެ. ނަޒާހަތޭ ހުދުގިރުވާނޭ އުސޫލޭ ކޮރަޕްޝަނޭ ކިޔަން ވާނީ ކިޔޭވަރުގެ މީހުނެވެ. މީހުންގެ ކުރި މައްޗަށް ނިކުމެ ހުރެ ޑރ. މުއިއްޒު ކޮރަޕްޝަންގެ ވާހަކަ ދެއްކީމާ ދަތްކުނޑި ވިކޭ މީހުން ލައްކަ ގިނައެވެ.

ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުރެ އެންމެ ފަހުން ޑރ. މުއިއްޒު ހިންގި އެއް ކަރަޕްޝަނަކީ މާލޭ އާސަހަރާ އަޕްގްރޭޑް ކުރުމެވެ. މަސައްކަތް ބަޔަކާ ހަވާލުކޮށް މުޅި މަސައްކަތުގެ އަގުގެ ގާތްގަޑަކަށް 90 އިންސަތަ ފައިސާ ހަވާލުކޮށް ނިންމާލީ މަސައްކަތުގެ ތިރީހަކަށް ޕަސެންޓްގެ މަސައްކަތް ވެސް ނުނިމެނީހެވެ. މަސައްކަތް ހަވާލުކުރި ފަހުން މަސައްކަތުގެ ޑިޒައިނަށް ބޮޑެތި ބަދަލު ތަކެއް ގެނެސް މަސައްކަތް އަގަޑަ ބަގަޑަ ކޮށްލީ މަސައްކަތް ހުއްޓުވާ އެގްރީމަންޓް ބާތިލު ކުރުމުގެ ބޭނުމުގައެވެ. 

އާ ސަހަރާގެ މަސައްކަތަށް ކަނޑައެޅި ފައިސާގެ ހުރިހާ ފައިސާއެއްހެން ބަޔަކަށްދީ އެފައިސާ ކައި ހުސްކޮށް ހަޖަމްވެ ނިމިއްޖެއެވެ. މަސައްކަތް ހަވާލުކުރީ ކޮން ނަމެއް ކިޔާ ކޮން ބަޔަކާކަން ވެސް ދެނަހުރި މީހަކު ނެތެވެ. ފޮރުވާ ސިއްރު ކުރާނެ ކަމެއް ނުއޮންނާނެއޭ ބުނާ މުއިއްޒު އެކަން އޮތީ ސިއްރު ކޮށްފައެވެ.

އާސަހަރާގެ މަސައްކަތަށް އެޑްވާންސްކޮށް ދިންހާ ފައިސާގެ ބޮޑު ބައެއް ހޭދަކުރީ މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ކަމަށް ތުހުމަތު ކުރެވެއެވެ. އާސަހަރާގެ މަސައްކަތް ކުރުމަށް ދައުލަތުން ހޭދަކުރި ފައިސާއަށް ވީގޮތެއްވެ ނިމިއްޖެއެވެ. އާސަހަރާގެ މަސައްކަތް އޮތީ އަދިވެސް މުއިއްޒު ވެފައެވެ. ބޭނުންވާ ގޮތަށް ފައިސާކޮޅު ބޭރުކޮށްލެވުނީމާ މަސައްކަތުގެ އެގްރިމަންޓް ބާތިލުކޮށްލާ ނިންމާލާފައެވެ. 

އަނެއްކާވެސް އާސަހަރާގެ މަސައްކަތް އަލިފުން ފަށައިގެން ޔާއަށް ކުރަން ދައުލަތަށް އެއޮތީ ޖެހިފައެވެ. ކޮރަޕްޝަނުގެ ތެރެއިން ހަޖަމްކޮށްލި އެތައް މިލިޔަން ރުފިޔާއަށް ވީގޮތެއްވެ ނިމުނީއެވެ. މުއިއްޒުވެފައި އޮތް އާސަހަރަގެ މަސައްކަތަށް އަނެއްކާވެސް އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން ކުރަން އެއޮތީ ޖެހިފައެވެ. 

ބުނެވި މިދިޔައީ ޑރ. މުއިއްޒުގެ ކޮރަޕްޝަންގެ ބާބުގެ އެންމެ ނުކުތާއެކެވެ. ހުޅުމާލެ ބްރިޖާ ގުޅިފައި އޮތް ހަލިމަގުގެ މަސައްކަތް ކުރި ކުންފުނިން މުއިއްޒުގެ އަމިއްލަ އެކައުންޓަށް ވަޒީރު ކަމުގައި ހުރިއިރު ޖަމާވިހާ ފައިސާގެ ވާހަކައެއް އަދި ނުދައްކަމެވެ. ނޫމަޑީގެ ހިޔާނަތުގެ ވާހަކަ އަކަށް ނުދަމެވެ. ވަޒީރު ކަމުގައި ހުރެ ކުންފުންޏަކުން މަހު މުސާރަ ނެގިއެކޭ ނުކިޔަމެވެ. ޕާކިންގ ސްލޮޓް ވިއްކައިގެން ނެގި ކަޓަކީ އެއްވެސް އެއްޗެއް ނޫންތާއެވެ. ބޮޑު ކަޓެއް ނަގާފާ އަލިމަސް ކާނިވަލުން އަމިއްލަ ފަރާތަކަށް ބިމެއް ދިނެކޭވެސް ނުކިޔަމެވެ. ޖާދޫގެ ކަދުރު ރުއް ތަކުގެ ޑީލްގެ ވާހަކައެއްވެސް ކިޔާނެ ކަމެއް ނެތެއް ނޫން ހެއްޔެވެ. 

ބީލަމުގެ އުސޫލުން ކެބިނެޓް ގޮނޑިތައް ވިއްކާލިއްޔެކޭ މަށަކު ނުބުނަމެވެ. އެއް އާއިލާއަކަށް ސިޔާސީ މަގާމުތައް ދިނުމުގައި ބޮލެއް ކަނދުރާއެއް ނުބަލާ އަޅާ ފުރާލަމުން ދަނިއްޔެކޭ ބުނާ ހިތެއްނެތެވެ. ދައުލަތުގެ ވިޔަފާރި ކުންފުނި ތަކުގެ އިސްވެރިންނަށް އެ ކުންފުތަކާ ވާދަވެރި ވިޔަފާރި ކުންފުނިތަކުގެ ޕާޓްނަރުން އިސްކުރުމުގައި މަސްލަހަތު ފުށުއެރުން އޮންނަ ވާހަކައެއްވެސް ނުދައްކަމެވެ. 

ނަޒާހަތްތެރި ކަމަކާއި ހިތްވަރެއް ހުރި ނަމަ އޭސީސީ ގަދަ ނިންޖަކު ނުއޮންނާނެއެވެ. ވެރިކަން ބަދަލުވީމާ ފުށްޖަހައިގެން ނިކުމެ މީހުން އެއްކޮށްގެން ޒާތްޒާތަށް ސްލައިޑް އަޅުވައިގެން ޕަބްލިސިޓީ ހޯދާކަށް ނޫޅޭނެއެވެ. ލިބުނީ އެންމެ ދޮޅުއަހަރޭ ކިޔައިގެން ކަމުން ރެކެން އޭސީސީ ދަތްފެޅީ ރިޔާސީ އިންތިހާބުގެ ފަހުންހެއްޔެވެ. ކެރެންޏާ މަތިން ތިރިއަށް އޭސީސީގެ ދިގު އަތް ފޯރުވާލަ ބަލާށެވެ. އޭރުން ޑރ. މުއިއްޒުގެ ނަޒާހަތްތެރިކަން ބޮލާ ފޮށާއެޅި ދެފުށް ފެންނާނެއެވެ. މުއިއްޒަކީ ފޮރުވާނެ އެއްޗެއް އޮތް މީހެއް ނޫން ވިއްޔާއެވެ.   

]]>
Thu, 07 Dec 2023 16:24:38 +0500 ހީރަސްނިއުސް
ފެނަކަ ސައީދު އިސްތިއުފާ ދެއްވައިފި https://heerasnews.com/2005 https://heerasnews.com/2005 ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން މުހައްމަދު ސައީދު އިސްތިއުފާދެއްވައިފިއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ދައުރު ހަމަވާން އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ.

އިސްތިއުފާ ދެއްވިކަން މީޑިއާތަކަށް ސައީދު ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މަޤާމުން އިސްތިއުފާދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރެެއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން ސައީދު އިސްތިއުފާދެއްވިއިރު، އެ ކުންފުންޏާއި ގުޅޭ 75 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރގެ އިތުރުން، ސަރުކާރުގެ އެހެން ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް އަންނަނީ އެ ބޭފުޅުން ތިއްބެވި މަޤާމުތަކުން އިސްތިއުފާދެއްވަމުންނެވެ.

]]>
Thu, 16 Nov 2023 16:53:03 +0500 ހީރަސްނިއުސް
ފެނަކައިން 5 އަހަރު ތެރޭ 5000 މީހުންނަށް ވަޒީފާ ދީފައިވޭ: ފިރުޒުލް https://heerasnews.com/1964 https://heerasnews.com/1964 ފެނަކައިން 5 އަހަރު ތެރޭ 5000 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް އިންތިޤާލީ އޮފީހުން ހާމަކޮށްފިއެވެ. އިންތިޤާލީ އޮފީހުގެ ތަރުޖަމާނު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭ ފެނަކަ ކުންފުންޏަށް 5000 މުވައްޒަފުން އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގައި އެކަނިވެސް 747 މީހުން ފެނަކައަށް އިތުރުވެފައިވާ ކަމަށް އިންތިޤާލީ އޮފީހުން ހާމަކުރިއެވެ. ގިނަ މުވައްޒަފުން ނަގާފައިވަނީ އެއް މަސައްކަތެއް ކުރަން ކަމަށްވެސް އެ އޮފީހުން ފާހަގަކުރިއެވެ.

2019 ވަނަ އަހަރު ފެށުނުއިރު ކުންފުނީގައި 2،756 މުވައްޒަފުން ތިބި ކަމަށް ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ މިހާރު އެ ކުންފުނީގައި 8،126 މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ ކަމަށެވެ. ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ޓީޗަރުންގެ އަދަދަށްވުރެ ފެނަކަ މުވައްޒަފުން ގިނަ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މިވަގުތު ރާއްޖޭގެ ސްކޫލުތަކުގައި ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 8،600 ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރާއި ހަމައަށް ފެނަކައިގެ ދަރަނި 4.1 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ނިމުމުން ފެނަކައިން ތައްޔާރުކުރަން ޖެހޭ މާލީ ރިޕޯޓް އަދިވެސް ނިންމާފައިނުވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުނިތަކުގެ މަސައްކަތްތައް ބެލުމަށް ކުރި ޒިޔާރަތްތަކުގެ ތެރެއިން މި ކަންތައްތައް ފާހަގަވެގެންދިޔަަ ކަމަށެވެ.

ދައުލަތުގެ ބަޖެޓަށް ބަރޯސާވާން ޖެހޭ ކުންފުނިތައް ކޮޅަށް ޖަހަން އަލަށް އިންތިޚާބުވީ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

]]>
Thu, 02 Nov 2023 10:04:04 +0500 ހީރަސްނިއުސް
ފްލެޓް ރޭޓެއް ހަމަޖެއްސުމުން ކަރަންޓުން އުފާވެރިކަން https://heerasnews.com/1860 https://heerasnews.com/1860 ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ގެއެއްގެ ކަރަންޓަށް އަގުނެގުމުގައި ފްލެޓް ރޭޓެއް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ. ރައީސް ސޯލިހުގެ މިނިންމެވުމަކީ ރައްޔިތުންގެ ޖީބަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ރައީސް އެ ގޮތަށް ނިންމެވުމުން ކަރަންޓްގެ ފީނެގުމުގައި ފްލެޓް ރޭޓެއް ހަމަޖެހުމުން އެކަމާ ގުޅޭގޮތުން ކަސްޓަމަރުންނަށް ވަނީ މައުލޫމަތު ދީފައެވެ. 

ކަރަންޓު ރޭޓް ފްލެޓް ރޭޓް މިހާރު ބިލްކުރެވޭ އެންމެ ފުރަތަމަ ބޭންޑްގައި އޮންނަ ރޭޓަށް ކަނޑައެޅިއްޖެނަމަ ގާތްގަނޑަކަށް %52-%31 އާ ހަމައަށް ބިލް ކުޑަވެގެން ދާނެއެވެ. 

ވަރަށް ކުރިއްސުރެ ކަރަންޓް އަގު ހެޔޮ ކުރުމުގެ ވާަހަކަ ދެކެވެމުން އާދެއެވެ. ކުރިއަށް އޮތް ދައުރަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގައިވެސް އެކަމާގުޅޭ ވަރަށް ގިނަ މަޝްވަރާތަަކެއް ކުރެވިގެން ގޮސްފައިވާ ކަމަށްވެއެވެ. ރައީސްގެ އެ ނިންމެވުމަކީ އެ މަޝްވަރާތަކުގެ އަލީގައި ނިންމެވި ނިންމެވުމެއްކަމަށް ގަބޫލު ކުރެވެއެވެ. 

މިސާލަކަށް ސްޓެލްކޯގެ ކޮންޒިއުމަރުންގެ %28 ކޮންޒިއުމަރުން 600 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓް ބޭނުން ކުރެއެވެ. އެއާއެކު ޓެރިފް ރޭޓް އޮންނާނީ 4.25ރ އަށް އިތުރު ކުރެވިފައެވެ. އެވްރޭޖްކޮށް 500 ޔުނިޓަށް ދަށުގައި އުޅެނީ %40 ކޮންޒިއުމަރުންނެވެ. ކޮންޒިއުމަރުންގެ ބޮޑުބައެއް އުޅެނީ 500 ޔުނިޓަށް ވުރެ މަތީގައެވެ.

]]>
Mon, 25 Sep 2023 11:55:33 +0500 ހީރަސްނިއުސް
މާވަށުގައި އައިސް ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް https://heerasnews.com/1751 https://heerasnews.com/1751 ލ. މާވަށުގައި އައިސް ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ތައްޔާރުވެއްޖެއެވެ. މާވަށުގައި އައިސް ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމަށް ފިޝަރީޒް މިނިސްޓްރީން ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއެވެ.

ޕިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމުގެ މަސައްކަތެވެ. 5.5 މިލިއަން ރުފިޔާގެ މި މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

އައިސް ޕްލާންޓް އަދި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދުއެވެ.

]]>
Wed, 16 Aug 2023 04:01:28 +0500 ހީރަސްނިއުސް
ދުނިޔޭގެ ބަނދަރުތަކާ އައްޑޫ ގުޅުވާލުން https://heerasnews.com/1736 https://heerasnews.com/1736 އައްޑޫ ސިޓީއަށް ބައިނަލްއަޤްވާމީ ބަނދަރުތަކުން މުދާ އެތެރެ ކުރުމަށް އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ގެންނަ މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫ އަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫ އަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ.

2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސް އިން އެމްއެސްއެސް އޯޕަލް ގެނައުމާއެކު ވެގެންދާނީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓަށެވެ. އެމްއެސްއެސް އޯޕަލް ރާއްޖެގެނެވި އިދާރީ އެންމެހައި ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލެވޭނެއެވެ. ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާ ރޫޓަކީ މާލެ، ހިތަދޫ، ކޫއްޑޫ މާލެއެވެ. 

އެމްއެސްއެސް އޯޕަލް އަކީ 105 ކޮންޓެއިނަރ އުފުލޭ އާގު ބޯޓެކެވެ. ކްރޭން ހަރުކުރެވިފައިވާ މި އުޅަނދުގައި 20 ރީފަރ ކޮންޓެއިނަރ ހިމެނެއެވެ. އެމްއެސްއެސް އޯޕަލްއަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާ ނުވާނެއެވެ.

އެމްއެސްއެސް އޯޕަލް އޮޕަރޭޓް ކުރަންފެށުމުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެގެންދާނެއެވެ. މި އޮޕަރޭޝަންގެ ސަބަބުން ޤަވާއިދުން މުދާ އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި ބާޒާރުގައި އުފދުލުމުގެ ޚިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެއެވެ. ހަމަ އެޢައިއެކު މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށް ދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެއެވެ.

އައްޑޫގެ ސަރަހައްދީ ބަނދަރު ބައިންލައަގްވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީވެ ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުގެ ލާ މަރުކަޒީ ސިޔާސަތަށް ވަރުގަދަކަން ލިއްބައިދޭނެ އިތުރު ބޮޅަކަށް ވެގެންދާނެއެވެ.

]]>
Thu, 10 Aug 2023 18:35:17 +0500 ހީރަސްނިއުސް
އެސްޓީއޯ: އަލްނޫރު ޕްރޮމޯޝަން https://heerasnews.com/1728 https://heerasnews.com/1728 އަލް ނޫރު ހިކިކިރުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ކުރިއަށް އެބަ ގެންދެއެވެ. އަލް ނޫރަކީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އެއްބާވަތެއްގެ ހިކިކިރެކެވެ. އަލް ނޫރަކީ އެންމެ އަގުހެޔޮ ހިކިކިރުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑެވެ.

އަލް ނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ “އޮމާން ފުޑްސްޓަފް”ގެ އުފެއްދުމެކެވެ. “އޮމާން ފުޑްސްޓަފް”ކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދު ކުރުމުގައި ފާހަގަ ކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.

އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ޕެކެޓު އެސްޓީއޯއިން ވިއްކައެވެ. އެސްޓޯއިން މި އަހަރުގެ ނިޔަލަށް ހިންގާ ހާއްސަ ޕްރޮމޯޝަނުގައި އަލް ނޫރު ހިކިކިރު ހޯލްސޭލް ކޮންނާއި ރީޓެއިލް ކޮށް ލިބެން އެބަހުއްޓެވެ. މި ޕްރޮމޯސަން އެސްޓިއޯގެ ރީޖަނަލްސް ފިހާރަތަކުގައި ވެސް ކުރިއަށްދާނެއެވެ.

އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ އަލް ނޫރު ހިކިކިރުގެ ޕްރޮމޯޝަންގައި: 

  • ރީޓްއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކިކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯ ޖެހި ބިއްލޫރި ތައްޓެއް ލިބެއެވެ.
  • ހޯލްސޭލް ކަސްޓްމަރުންނަށް 1800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕާޝެފް މެޔޮނައިސް ކޭހެއް ލިބެއެވެ.
  • ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮންސްޓިކް ޗީޒް ކޭހެއް ލިބެއެވެ.

ނޫރު ހިކިކިރު ޕްރޮމޯޝަންގައި:-

  • ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބޭނެއެވެ.
  • މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 5000 ރުފިޔާގެ މުދާ ލިބޭނެއެވެ.
]]>
Wed, 09 Aug 2023 17:25:31 +0500 ހީރަސްނިއުސް
އަނެއްކާވެސް ދައުރުވަނީ ފޭކް މެސެޖްތަކެއް: ފެނަކަ https://heerasnews.com/1565 https://heerasnews.com/1565 ފެނަކަ ނަމުގައި ދައުރުކުރަމުންދާ މެސެޖްތަކަކީ އެއްވެސް ހަގީގަތެއް ނެތް މެސެޖުތަކެކެވެ.

ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުޙައްމަދުގެ ނަމުގައި އެކި މީހުންނަށް ވަޒީފާ ހުށަހަޅަމުން އަންނަ މެސެޖުތަކެއް އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މިއަދު ކުރެއްވީ ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެ މެސެޖުތަކަކީ އެއްވެސް ހަގީގަތެއް ނެތި ފެނަކައިގެ އަގު ވައްޓާލަން ހިންގާ ނާތާހުޒީބު ފިނޑި އަމަލެކެވެ. 

"އަޅުގަނޑާ ފެނަކަ ނަން ބޭނުންކޮށްގެން ދައުރުކުރަމުންދާ މެސެޖުތަކަކީ އެއްވެސް ހަގީގަތެއް ނެތް އަޅުގަނޑުގެ އަބުރުކަތިލުމަށް އަދި ފެނަކައިގެ އަގު ވައްޓާލުމަށް ހިންގާ ނާތަހުޒީބު ފިނޑި އަމަލެއް" -ފެނަކަ އެމްޑީ އަހުމަދު ސައީދު

އެމްޑީ ސައީދު ވަނީ އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ފެނަކަ ނަމުގައި ފޭކް މެސެޖްތަކެއް މީގެ ކުރިންވެސް ދައުރުކޮށްފައިވެއެވެ. އެފަހަރުވެސް ފެނަކައިން ވަނީ އެފަދަ މެސެޖުތަކަށް އާއްމުން ސަމާލުވުމަށް ގެނެސްފައެވެ. 

]]>
Sun, 25 Jun 2023 18:22:13 +0500 އެޑިޓަރ
އެސްޓީއޯ މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން https://heerasnews.com/1553 https://heerasnews.com/1553 ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރިއްޖެއެވެ. މަކިޓާ ރާއްޖެއަށް ތަޢާރަފްކޮށް ޕްރަމޯޓްކުރީ އެސްޓީއޯއިންނެވެ. މަކިޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން  މަކިޓާ ޝޯރޫމެއް އެސްޓީއޯ އިން ހިންގާތާ ވެސް އެއް އަހަރު ވެއްޖެއެވެ. 

ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއްހަރު ފުރުން އެސްޓީއޯއން ފާހަގަކުރަނީ މަކިޓާގެ އުފެއްދުންތަކުގެ ޚާއްސަ ޕްރޮމޯޝަނަކުންނެވެ.  

އެސްޓީއޯގެ މަކިޓާ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދެވެ. މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން މަހުގެ 21 ން ޖުލައި 31 ވަނަ ދުވަހާއި ހަމައަށެވެ. ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

ޖޫން 2022 ން މެއި 2023 އަށް މަކިޓާ ޝޯރޫމުން އެންމެ ގިނައިން ތަކެތި ބައްލަވައިގެންފައިވާ ފަސް ފަރާތެއް ފާހަގަކޮށް އެ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއް މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި  އެސްޓީއޯއިން ވަނީ ދީފައެވެ. ހަމަ އެފަދައިން  ޖޫން 21 ވަނަ ދުވަހު މަކިޓާ ޝޯރޫމުން ވިޔަފާރި ކުރެއްވި ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް އެސްޓީއޯއިން ވަނީ ޚާއްސަ ހަދިޔާއެއް ވެސް ދީފައެވެ.  

]]>
Fri, 23 Jun 2023 15:32:43 +0500 ހީރަސްނިއުސް
ސްޓެލްކޯ : އައުޓްސްޓޭންޑިންގ ސާރވިސް ލެގަސީ އެވޯޑް! https://heerasnews.com/1546 https://heerasnews.com/1546 ގައުމެއް ކަމަށް ވިޔަސް އާއިލާއެއް ކަމަށް ވިޔަސް އަދި ހަމަ އެހެންމެ ކުންފުންޏެއް ކަމުގައިވިއަސް އެތަނެއްގައި ބުރަކަމާއި ހީވާގިކަމާއެކު އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތްތަކެއް ބަޔަކު ކޮއްގެން މެނުވީ އެތަނެއް ކުރިއަރައިގެން ނުދާނެކަމީ އެންމެންވެސް ގަބޫލު ކުރާނެ ހަގީގަތެކެވެ.  މި ބުނެވިދިޔަފަދަ ހީވާގި މީހުންގެ އަގުވަޒަން ކުރުމަކީވެސް އެހާމެ މުހިންމުކަމެކެވެ.

ހާއްސަކޮށް އެއީ ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏަކައް ހުއްޓުމެއްނެތި މަސައްކަތް ކޮއްދެމުންގެންދާ ފާރާތެއް ނަމަ އެ ފަރާތެއްގެ އަގުވަޒަން ކުރުމަކީ ވަރަށް ވެސް ބޮޑު ޒިއްމާއެކެވެ. މި ޒިންމާ އަދާކުރުމުގެ ގޮތުންނާއި އެފަރާތްތަކުގެ މިންނަތް މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސްޓެލްކޯއިން އެ ކުންފުނީގެ 26 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވުނު ހަފްލާގައިވަނީ  މުހިންމު އެވޯޑް ތަކެއް ޝަރަފްވެރި ކަމާއި އެކު އެ ކުންފުނީގެ މުވައްޒަފުންތަކަކަށް އަރުވާފައެވެ.

މި ހުރިހާ ސަރަފްވެރި އެވޯޑްތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވުނު އެއް އެވޯޑަކީ "އައުޓްސްޓޭންޑިންގ ސާރވިސް ލެގަސީ އެވޯޑް" އެވެ. މި އެވޯޑް މި ފަހަރު ލިބިފައި މި ވަނީ އެ ކުންފުނީގެ ޑީއެމްޑީ (ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ) ގެ މަގާމުގައި ހުންނެވި  މުހައްމަދު ލަތީފަށެވެ.

މުހައްމަދު ލަތީފަކީ ސްޓެލްކޯގެ ކަރަންޓުގެ ސިނާއަތުގައި ދިގުމުއްދަތަކައް ހިދުމަތް ކޮއްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ސްޓެލްކޯއިން ފާހަގަކުރާ ގޮތުގައި  ލަތީފްގެ ދުރުވިސްނުންތެރި ލީޑަރޝިޕަކީ އެ ކުންފުންޏަށް އެ ފަދަ ދެވަނައެއް ނެތް އިތުބާރު ހިފޭ އަދި ކަރަންޓު ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަމުންދާ ފަރާތެވެ. އަދި ލަތީފް ކުންފުނީގެ ކުރިމަގައްޓަކައި ކުރައްވަމުން ގެންދަވާ ހިދުމަތް ތަކަކީ އަގުނުކުރެވޭނެ ފަދަ  ހިދުމަތް ތަކެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.

މި ހަފްލާގައި ޑީއެމްޑީ މުހައްމަދު ލަތީފަށް "އައުޓްސްޓޭންޑިންގ ސާރވިސް ލެގަސީ އެވޯޑް" އަރުވާފައި ވަނީ މި ހަފްލާގެ ސަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ރާއްޖޭގެ ރައީސުލްޖްމުހޫރިޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މި ހަފްލާގައި ކުންފުނީގެ ބޯޑް މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި ޑީއެމްޑީ ލަތީފަށް މަރުހަބާ ކިޔާފައިވެއެވެ.

 

]]>
Wed, 21 Jun 2023 21:25:34 +0500 އުރޫ
ސްޓެލްކޯ: މެނޭޖަރ އޮފް ދަ އިއަރ އެވޯޑް ތިންބޭފުޅަކަށް! https://heerasnews.com/1547 https://heerasnews.com/1547 މެނޭޖަރުންނަކީ ލީޑާރޝިޕް ފޯރުކޮށްދިނުމާއި ނިންމުންތައް ނިންމުމާއި ޕްލޭން ކުރުމާއި އިންތިޒާމް ކުރުމާއި ޓީމުތައް މެނޭޖްކުރުމާއި މުއާމަލާތް ކުރުމާއި މައްސަލަ ހައްލުކޮށްގެން ކުންފުނީގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.

މަސައްކަތްތައް އެއްގޮތް ކުރުމާއި، ގޮންޖެހުން ތަކުން އަރައިގަތުމާއި، ކުންފުނީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި ވެސް އެންމެ ބޮޑު މަސްއޫލިއްޔަތެއް  އެ ބައެއްގެ ބޮލުގައި އެޅިފައި އޮއްނަ އެއްބަޔަކީ އެ ކުންފުންޏެއްގެ މެނޭޖަރުންނޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ކަންމިހެން އޮތްއިރު މެނޭޖަރުންގެ އަގުވަޒަން ކުރުން މުހިންމެވެ.

ސްޓެލްކޯއަށް 26 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި މި ވަނީ އެ ކުންފުނީގެ ކުރީސަފުގައި ހީވާގިކަމާއި އެކު މަސައްކަތް ކުރަމުން ގެންދާ މެނޭޖަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު އެންމެ  ރަގަޅަށް މަސައްކަތްކުރި މެނޭޖަރުން ފާހަގަކޮށް އެ ފަރާތްތަކަށް "މެނޭޖަރ އޮފް ދަ އިއަރ" އެވޯޑް ދީފައެވެ.

މިފަހަރު  "މެނޭޖަރ އޮފް ދަ އިއަރ" އެވޯޑް ވަނީ ތިން ފަރާތަކަށް ދީފައެވެ. އެގޮތުން  2022 ވަނަ އަހަރު ސްޓެލްކޯގެ މެނޭޖަރ އޮފް ދަ އިއަރ އަށް ހޮވިފައި ވަނީ އަބުދުﷲ ޝިމާޒްއާއަ އިސްމާއިލް ނިޝާރު އާއި އާމިނަތު ނީލާ މުހައްމަދެވެ. މި ތިންބޭފުޅުންގެ މި ކާމިޔާބީއަށް ސްޓެލްކޯގެ އެމްޑީ (މެނޭޖިން ޑިރެކްޓަރ) އަހުމަދު ސަރީފް ވަނީ މަރުހަބާ ވިދާޅުވެ އަދި މިފަދަ ޒުވާނުންނަކީ ދެން އޮތް ޖީލްތަކަށް ހުރި ވަރަށް ބޮޑު ނަމޫނާއެއްކަން ފާހަގަ ކުރައްވާފައެވެ. ސްޓެލްކޯގެ އެމްޑީ އަހުމަދު ސަރީފްގެ އިތުރުން އެކުންފުނީގެ ބޯޑް މެމްބަރުންނާއި، އިސްވެރިން މި ތިންބޭފުޅުންނަށް ޝުކުރާއި މަރުހަބާ ވަނީ ކިޔާފައެވެ.

ސްޓެލްކޯއިން ދެކޭ ގޮތުގައި މި ތިން ބޭފުޅުންގެ ކާމިޔާބީން ދައްކުވައިދެނީ އެ ބޭފުޅުންގެ ހީވާގި އަދި އިހުލާސްތެރި  މަސައްކަތްތަކަކީ ސްޓެލްކޯގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމުގެ ހެއްކެއް ކަމުގައެވެ.

]]>
Wed, 21 Jun 2023 20:26:01 +0500 އުރޫ
ސްޓެލްކޯ: އެމްޑީސް އެވޯޑް ފޯ އެކްސެލެންސް ! https://heerasnews.com/1544 https://heerasnews.com/1544 ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހޯމަ ދުވަހުގެ ރޭ ސްޓެލްކޯއިން ވަނީ ހާއްސަ ހަފްލާއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަފްލާ މިހާ ހާއްސަވެގެން ދިޔައެއް ސަބަބަކީ މިހަފްލާގައި ފާއިތުވެދިޔަ އަހަރު އެކުންފުނީގެ އެކި ދާއިރާތަކުގައި ފާހަގަކޮއްލެވޭ އާދަޔާހިލާފު މަސައްކަތްތަކެއް ކޮއްފައިވާ މުއައްޒަފުންގެ އަގު ވަޒަންކޮށް އެ މުއައްޒަފުންނަށް އެވޯޑް އެރުވިގެދި އުމުންނެވެ. އެގޮތުން ރޭގެ އެންމެ ހާއްސަ އެއްކަމަކީ ސްޓެލްކޯގެ ދެ ޖެނެރަލް މެނޭޖަރުން ކަމަށްވާ އަބްދުالله ނަޒީރާއި އަހުމަދު ސައިފަށް ޝަރަފުވެރި "އެމްޑީސް އެވޯޑް ފޯ އެކްސެލެންސް" ދިނުމެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުންގެ ހައިސިއްޔަތުން އަބްދުالله ނަޒީރާއި އަހުމަދު ސައިފް ވަނީ ލީޑަރޝިޕްގެ އާދަޔާ ހިލާފު ނަމޫނާތަކެއް ދައްކައި، ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީއަށް ސާފު ތަސައްވުރެއް ދައްކަވައިފަ އެވެ. އަބްދުالله ނަޒީރާއި އަހުމަދު ސައިފްގެ އިރުޝާދުގެ ދަށުން ސްޓެލްކޯ އިން ވަނީ އޮޕަރޭޝަނަލް އެފިޝަންސީ އާއި އުފެއްދުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

 މި ދެބޭފުޅުންނަށް "އެމްޑީސް އެވޯޑް ފޯ އެކްސެލެންސް" ލިބިފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަރީފް ގެ އަތުންނެވެ. މި ހަފްލާގައި ސްޓެލްކޯގެ ކުރިއެރުމާއި ކާމިޔާބީތަކުގައި މި ދެބޭފުޅުންގެ ރޯލް ފާހަގަކޮށް ސްޓެލްކޯގެ އެންމެހާ ބޯޑް މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މި ދެބޭފުޅުންނަށް ހާއްސަ މަރުހަބާއަކާއި ޝުކުރު އަދާކޮއްފައިވެއެވެ.  

]]>
Wed, 21 Jun 2023 17:23:47 +0500 އުރޫ
އެސްޓީއޯ އީދު އޮފަރ https://heerasnews.com/1528 https://heerasnews.com/1528 އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެސްޓީއޯ ހުޅުމާލެ ފިހާރަ އަދި ހުރިހާ ސަރަހައްދީ އެސްޓީއޯގެ އައުޓްލެޓް ތަކުގައި އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެސްޓީއޯ އީދު އޮފާރ ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. 

އެސްޓީއޯ އީދު އޮފާރގެ ތެރެއިން 42 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މި ފަހަރުގެ އޮފާރ އާއެކު ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދެއެވެ. މި  ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބެއެވެ. ޑިޖިޓަލް ކޫޕަން ލިބެނީ ކަސްޓަމަރުގެ ފޯނަށެވެ. 

އެސްޓީއޯ އީދު އޮފާރގައި ކުރިއަށްދާ ޕްރަމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ތެރޭގައި ހިމެނެނީ:

  • 1 ވަނަ އިނާމަކަށް: ހިޓާޗީ ފްރިޖެއް
  • 2 ވަނަ އިނާމަކަށް: އެލްޖީ ޑިޝްވޮޝާއެއް
  • 3 ވަނަ އިނާމަކަށް: 2,000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކް ސާމާނު
]]>
Sat, 17 Jun 2023 11:47:03 +0500 ހީރަސްނިއުސް
އެސްޓީއޯއިން މިއަހަރު 3ވަނަ ފަހަރަށް ތެލުގެ އަގު ހެޔޮކޮށްފި https://heerasnews.com/1503 https://heerasnews.com/1503 ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު އެސްޓީއޯ އިން ހެޔޮކޮށްފިއެވެ. ހުސްވި މަހުވެސް އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަނީ ހެޔޮކޮށްފައެވެ. 

މެއިމަހު ޕެޓްރޯލް ލީޓަރަކުން ހެޔޮ ކުރީ 62 އެވެ. ޑީސަލް ލީޓަރަކުން ހެޔޮކުރީ 83 ލާރިއެވެ. ހުސްވި މަހު ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލަށްފަހު މިމަހުވެސް މިވަނީ ވަރަށް ބޮޑު ހެޔޮބަދަލެއް ތެލުގެ އަގަށް ގެނެސްފައެވެ. 

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 63 ލާރި ހެޔޮކޮށް ޑީސަލް ލީޓަރަކުން 41 ލާރި ވަނީ އަގު ހެޔޮ ކޮށްފައެވެ. 

މީގެ އެއްމަސް ކުރިން ޕެޓްރޯލު ގަންނަން ލިބޭ އަގަކީ ލީޓަރެއް 16.95 ރުފިޔާއަށެވެ. ހިނގާދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޕެޓްރޯލް ލީޓަރަކުން 1.25ރުފިޔާ ވަނީ އަގު ހެޔޮކޮށްފައެވެ. އަނެއްކޮޅުން އެއްމަސް ކުރިން ޑީސަލް ލީޓަރެއްގެ އަގަކީ 15.97އެވެ. މިދިޔަ މަސްދުވަހުގެ ތެރޭގައި ޑީސަލްގެ އަގު ލީޓަރަކުން 1.24 ރުފިޔާ އެވަނީ އަގު ހެޔޮކޮށްދީފައެވެ. 

މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 15.70 ރުފިޔާއެވެ. ޑީސަލް ލީޓަރެއްގެ އަގަކީ 14.73 ރުފިއެވެ. މީގެ އެއްމަސް ކުރިން 200 ލީޓަރުގެ ޑީސަލް ފީފާއެއް ގަންނަން ލިބެނީ  3140.00 ރުފިޔާއަށެވެ. ނަމަވެސް މިހާރު 200 ލީޓަރުގެ ޑީސަލް ފީފާއެއް 2946.00 ރުފިޔާއަށް ލިބޭނެއެވެ. މި ބަދަލަކީ ޑީސަލް ފީފާއަކުން 194.00 ރުފިޔާގެ އަގު ހެޔޮވުމެކެވެ.  

މި ބަދަލާ އެކު، ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 15.7 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.73 ރުފިޔާއަށެވެ.

ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު މި އަހަރު އެސްޓީއޯއިން ހެޔޮކުރި މިއީ ތިންވަނަ ފަހަރެވެ. 

]]>
Fri, 09 Jun 2023 13:47:04 +0500 ހީރަސްނިއުސް
ސްޓެލްކޯ ގްރޭޓްމާލޭ ބެކަޕް ޕަވަރ ޕްލާންޓް https://heerasnews.com/1488 https://heerasnews.com/1488 ގްރޭޓާ މާލޭ އެމަޖެންސީ ބެކަޕް ޕަވަރ ޕްލާންޓުގެ މަސައްކަތް ސްޓެލްކޯއިން ނިންމާލައިފިއެވެ. ހުޅުމާލޭގެ ބާ އިންޖީނުގޭގައި ގާއިމުކޮށްފައިވާ މި ބެކަޕް ޕަވަރ ޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓްއެވެ. ސްޓެލްކޯ ބެކަޕް ޕަވަރ ޕްލާންޓް ގެ މަސައްކަތް ކުރީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

މަސައްކަތް ކުރިއަށް ގެންދިޔައީ  އަތޮޅުތެރޭގައި ހުންނަ އެކުންފުނީގެ އިންޖީނުގެ ތަކާއި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގައި ތިބި އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ހާއްސަ ޓީމަކުންނެވެ. މަސައްކަތަކީ ބުރަ އަދި އެހާމެ އަވަހަށް ކޮށް ނިންމާލި މަސައްކަތެކެވެ. 

ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ހާއްސަކޮށްގެން ހެދި ބެކަޕް ޕަވަރ ޕްލާންޓުގެ ސަބަބުން ކަރަންޓް ދިނުމުގައި ދިމާވާ ކުއްލި މައްސަލަތައް ހައްލުވެ ހުއްޓުމެއް ނެތި ކަރަންޓު ފޯރުކޮށް ދެވޭނެ ކަމުގެ ޔަގީންކަން  ސްޓެލްކޯއަށް ކަށަވަރުކުރެވިއްޖެ ކަމަށް މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއެވެ.

ބެކަޕް ޕަވަރ ޕްލާންޓްގެ ބޭނުން ހިފަނީ މިހާރު ހުރި ތިން ޕަވަޕްލާންޓުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ކަރަންޓު ބޭނުންވާ ނަމައެވެ. ނުވަތަ އިމަރޖެންސީއެއް ދިމާވެއްޖެ ހާލަތެއް ގައެވެ. އިންޖީނެއް ހުއްޓުމާއި މެއިންޓެނަންސަށް ނަގާ އިންޖީނުތަކުން ދެމުން އަންނަ ކަރަންޓްގެ އުނިކަން ފޫބެއްދުމަށް ބެކަޕް ޕްލާންޓްގެ ބެނުން ހިފަނެއެވެ.

ހުޅުމާލޭގައި ގާއިމްކުރި އެމެޖެންސީ ޕަވާރ ޕްލާންޓުގެ މަސައްްކަތް ނިންމާލީ އެއް މަސް ދުވަހުންނެވެ. ސްޓެލްކޯގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު މިއީ ފުރަތަމަ ފަހަރެވެ.

]]>
Sun, 04 Jun 2023 23:56:13 +0500 ހީރަސްނިއުސް
އެސްޓީއޯގެ ހިއްސާއަކަށް 77 ރުފިޔާ https://heerasnews.com/1475 https://heerasnews.com/1475 ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި އެސްޓިއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ވެރިންނާއި މުވައްޒިފުންގެ އިތުރުން ހިއްސާދާރުން ގޮތުގައި 300 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މި އަހަރީ އާންމު ޖަލްސާގައި އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 77ރ. ބަހަން ވަނީ ފާސްކޮށްފި އެވެ. ޑިސްޓްރިބިއުޝަން ޕްރޮޕޯޒަލް ފާސްވެފައި މި ވަނީ ރޭގެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ.

ހިއްސާއަކަށް މިހާ ބޮޑު އަދަދެއް ބަހަން ރޭ ނިންމިއިރު މިއީ އެކުންފުނިން  މި ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައިވެސް މިހާ ބޮޑު އަދަދެއް ބަހަން ނިންމި ފުރަތަމަ ފަހަރުކަން ފާހަގަކޮއްލަން ޖެހެއެވެ.

ރައްޔިތުންނާއި ސަރުކާރުން ހިއްސާވާ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފަދާއެއްގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބުނެވެ. އަދި ފާއިތުވެ ދިޔަ އަހަރު ވަނީ ޖުމްލަ އާމްދަނީއެއް ގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ހޯދާފައެވެ.

އެސްޓީއޯއިން 2021 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 60ރ އެވެ. އެ ކުންފުނިން އެންމެ ފަހުން 2022 ގައި ހިއްސާއަކަށް ބަހާފައި ވަނީ 65ރ ގެ މަގުންނެވެ. މި އަދަދުތަކަށް ބަލާއިރު ވެސް ފެނިގެން މިދަނީ އަހަރުން އަހަރަށް މި ކުންފުނީގެ ފައިދާ ބޮޑުވެ ހިއްސާގެ އަގުތައް މަތިވަމުން އަންނަ ތަނެވެ.

]]>
Thu, 01 Jun 2023 12:10:04 +0500 އުރޫ
ފައިނޭންސް ފޯރަމުގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ! https://heerasnews.com/1462 https://heerasnews.com/1462 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފައިނޭންސް ފޯރަމްގެ ނަމުގައި ޕެންޝަން އޮފީހުން ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތް ތަކަށް ހާއްސަކޮއްގެން ބާވަމުނުން ގެންދާ ފޯރަމެއް މިއަދު ކުރިޔައް އެބަ ގެންދެއެވެ.

މި އަހަރު  ފައިނޭންސް ފޯރަމްގެ މެއިން ސްޕޮންސައަކީ އެސްޓީއޯއެވެ. މިދިޔަ ބުރާސްފަތި ދުވަހު ޕެންޝަން އޮފީހުން ވަނީ  މިއަހަރުގެ ފައިނޭންސް ފޯރަމްގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުން އިއުލާނު ކޮށްފައެވެ.

މި އަހަރުގެ ފައިނޭންސް ފޯރަމުގެ މެއިން ސްޕޮންސަރަކައް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި ކޯ ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

މި އަހަރުގެ ފައިނޭންސް ފޯރަމް ބާއްވަމުން ގެންދަނީ ކުރުނބާ މޯލްޑިވްސް ގައެވެ. މިއަދު ހެނދުނު 09:15 އިން ފެށިގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައި މިވާ ފޯރަމްގައި މައިގަނޑު ކީނޯޓްއަކީ ފިންޓެކް ސްޓާޓް އަޕްސް އެންޑް އާޓިފިޝަލް އިންޓެލިޖެންސްއެވެ.

]]>
Mon, 29 May 2023 15:49:31 +0500 އުރޫ
ސްޓެލްކޯގެ ކަރަންޓު ބިލްގައި ކުނީ ފީ ހިމެނުން https://heerasnews.com/1459 https://heerasnews.com/1459 ކުނި ބިލު ނުދެއްކުމުގެ މައްސަލަ ހައްލުކޮށް، ކުނި މެނޭޖްކުރުން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ ގޭބިސީތަކަށް ފޮނުވާ ކަރަންޓް ބިލްތަކުގައި ކުނި ނެގުމުގެ ފީ ހިމެނުމަށް އެއްބަސްވުމެއްގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ސްޓެލްކޯ ސޮއިކޮށްފިއެވެ. ސްޓެލްކޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްއެވެ. އަދި ވެމްކޯގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ. ސްޓެލްކޯގެ ކަރަންޓް ބިލްތަކުގައި ކުނި ނެގުމުގެ ފީ ހިމެނުމުގެ ފުރިހަމަ އުސޫލެއް ސަރުކާރުން ވަނީ އެކުލަވާލައިފައެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ހާމަކުރެއްވި ގޮތުގައި ކުނި ނެގުމުގެ ފީ ބިލް ކުރާނީ ސްޓެލްކޯއިން ގެންގުޅޭ ބިލިން ސައިކަލާ އެއްގޮތަށެވެ. އެގޮތުން 28 ދުވަހަށް ކަރަންޓު ބިލް ޖެނެރޭޓް ކުރާނަމަ ކުނި ނެގުމުގެ ފީވެސް އެ މުއްދަތަށް ނަގާނެއެވެ. އަދި  ދެން އެންމެ އަވަހަށް ހަވާލުކުރެވޭ ބިލުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ބިލްތަކުގައި  ކުނީގެ ބިލު ހިމެނިގެންދާނެ ކަމަށްވެއެވެ. މި އެބަސްވުމުގައި ސޮއިކުރެވިގެން ދިޔަކަމުގައި ވީނަމަވެސް ކުނި ނެގުމަށް މިހާރުވެސް ނަގަމުން އަންނަ ފީ އަކަށް އެއްވެސް ބަދަލެއް ނާންނެކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މި ބަދަލާއިއެކު ސްޓެލްކޯގެ ހިދުމަތް ހޯދާ ހުރިހާ މީޓަރުތަކެއް ވެސް މިހާރުވާނީ ޑިފޯލްޓުން ކުނި ނެގުމައް ރަޖިސްޓަރ ވެފަކަމަށާއި، ނަމަވެސް ކުނި ނުއުފައްދާ މީޓަރެއްގައި ކުނި ބިލް  ނުހިމެނޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވިއެވެ. ކުނި ނުއުފައްދާ މީޓަރ ތަކުގެ ގޮތުގައި މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ގެއެއްގެ ލިފްޓު އޮޕަރޭޓީން ނުވަތަ (އެމްޑަބްލިއުއެސްސީ)ގެ ޕްރެސަރ ފެންޕަންޕް ފަދަ ތަކެއްޗަށް ބެހެޓިފައިވާ މީޓާރުފަދަ މީޓަރ ތަކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ އިނީޝިއަލް ޓްރާންސިޝަން ޕީރިއަޑްގައި ކުދިކުދި މައްސަލަތަކެއް ދިމާވެދާނެ ކަމަށާއި، މި ކަމުގައި ކުދިކުދި އޮޅުންތަކެއް ހުރެދާނެކަމަށް ލަފާ ކުރައްވާފައެވެ. މިކަމުގައި އެއްވެސް ފަރާތަކަށް އޮޅުމެއް އަރާނަމަ ދެ ކުންފުނިން ކޮންމެ ކުންފުންޏަކަށްވެސް ގުޅާ އޮޅުން ފިލުވުމަށް އެދިވަޑައިގެންފައިވެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރީފު ހާމަކުރެއްވި ގޮތުގައި މި އުސޫލަކީ ހަމައެކަނި  މާލެ ސަރަހައްދުގައި މިވަގުތު ފެށިފައިވާ އުސޫލަކަށް ވީނަމަވެސް ކުރިމަގުގައި ރާއްޖެތެރޭގައި ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތް ދެމުންދާ ރައްތަކުގެ ތެރޭއިން، އެދޭ ރަށްތަކުގައި މި އުސޫލު ގާއިކުރަމުން ގެންދާނެއެވެ.   ވެމްކޯ އާއި ސްޓެލްކޯ ގުޅިގެން މިފަދަ އެއްބަސްވުމެއް ހެދުމުގެ މައިގަނޑު މަގްސަދަކީ ކުނި ބިލު ނުދެއްކުމުގެ މައްސަލަ ހައްލުކުރުމާއި، މާލެއް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބިލުގެ ފައިސާދެއްކުމަށް ބޮޑު ލުޔެއް ހޯދައިދިނުން ކަމުގައި ދެކުންފުނިން ފާހަގަކުރެއެވެ. މި ދެ ބިލު އެއްކޮށްލުމުން ކުނި ނެގުމުގެ ހިދުމަތަށް ފައިސާ ގެއްލުމުގެ ފުރުސަތު ނުވަތަ ލަސްވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެ، މާލެ ސަރަހައްދުގެ ކުނި ނައްތާލުމާއި ރިސައިކަލް ކުރުމުގެ ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށްވެސް މި ދެ ކުންފުނިން ފާހަގަކުރެއެވެ.

]]>
Mon, 29 May 2023 13:32:55 +0500 އުރޫ
އެސްޓީއޯގެ ސީއީއޯ ނިޕޯންޕެއިންޓުގެ ޓީމާ ބައްދަލުކުރެއްވުން https://heerasnews.com/1442 https://heerasnews.com/1442 އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ އަބްދުﷲ ސައީދު ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ނިޕޯން ޕެއިންޓުގެ ސީނިއަރ އެޑްވައިޒަރ އަދި ނިޕޯންޓީމާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެކުންފުނި ދޭތެރޭ ކުރެވުމުންދާ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހި ކުރެވޭނެ ދާއިރާއާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.  

ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދައިފައިވާ ނިޕޯން ބުރޭންޑުގެ ކުލަ އެތެރެކޮށް ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ އެސްޓީއޯއެވެ.

ބާޒާރުގައި ވަރަށް ބައިވަރު ޕެއިންޓު ބްރޭންޑުތައް ހުރެއެވެ. އެކަމަކު ޕެއިންޓެއްގެ ކޮލެޓީ ބިނާވެފައިވަނީ އޭގައި ހިމެނޭ ޕިގުމަންޓާއި ބައިންޑާގެ މައްޗައްށެވެ. މި ބައި ގިނަ ނަމަ ދިގުމުއްތައް ކުލަނުވެއްޓި، ކުލަ ނުފޮޅި ހުރެއެވެ. އެހާމެ ކުލަލާން ފަސޭހަ ވާނެއެވެ. ނިޕޯން ކުލަ މޮޅީ މިހެންވެއެވެ. މިއާ ހިލާފަށް ބާޒާރުން އާއްމުކޮށް ގަންނަން ލިބެން ހުންނަ އާދައިގެ ކުލައިގައި، ކުލަ ގިނަ ކުރަން އަޅާ ލިކުއިޑްގެ ނިސްބަތް އިތުރުވުމުގެ ސަބަބުން ކޮލެޓީ ދަށެވެ.

]]>
Wed, 24 May 2023 18:19:13 +0500 އުރޫ
މަކިޓާ ބުރޭންޑްގެ އައު އިޖާދީ ކަލެކްޝަނެއް ބާޒާރަށް! https://heerasnews.com/1412 https://heerasnews.com/1412 ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ތަފާތު އެކި ވައްތަރުތަކުގެ ވިޔަފާރިތައް ކުރަމުން އަންނަ އަދި އެ ބައެއްގެ މުދަލަށް ރާއްޖޭގެ ގިނަބައެއްގެ އިތުބާރާއި ތާއީދު ލިބިފައިވާ ބައެކެވެ. އެސްޓިއޯއިން ވިއްކާ އެކިވައްތަރުގެ މުދަލައް ބަލާއިރު ގޭގެ ބަދިގެއިންފެށިގެން މަސައްކަތުގެ މާހައުލުގައި ގެންގުޅޭ އެކިވައްތަރުގެ އާލާތްތައް ވެސް ހިމެނެއެވެ. އެސްޓީއޯއަކީ މަކިޓާ ބުރޭންޑްގެ ޓޫލްސް ރާއްޖެއަށް އެތެކޮށް ޑިސްޓިރިބިއުޓް ކުރާ އޮތަރައިޒްޑް ފަރާތެވެ. އޮރިޖިނަލް މަކިޓާ ޓޫލްސް އިތުބާރާ ޔަގީންކަމާއިއެކު ބައްލަވައިގަތުމަށް އެސްޓީއޯ  މަކިޓާ ޝޯރޫމް ހިޔާރުކުރައްވާށެވެ.

އެންމެ ފަހުގެ އީޖާދުތަކާއިއެކު "ކަޓިން-އެޑްޖް" ފީޗާތައް ހިމެނޭ ޓޫލްސް މަކިޓާއިން ނެރޭއިރު ރާއްޖޭގެ ބާޒާރަށް މިތަކެތި  ނެރެނީ އެސްޓީއޯއިންނެވެ. މިފަހަރު މި ނެރުނު ޓޫލްސް ކަލެކްޝަންތައް އަމިއްލައަށް ތަކެތި ފަރުމާކޮށް (ޑީ.އައި.ވައި) ހަދާ ފަރާތްތަކަށް  ވަރަށް ހާއްސައެވެ. އެއީ މި ޓޫލްސް ބޭނުންކޮށްފި ނަމަ މީގައި އެހިމެނޭ ފީޗާތަކުން އެމީހުންގެ ޕްރޮޖެކްޓްތައް އާ ހަރުފަތް ތަކަކަށް ގެންގޮސްދީ އެމީހުންގެ މަސަކަތް އަވަސްވެ ހަލުވިވެގެންދާނެތީއެވެ. އެސްޓީއޯއިން މިފަހަރު ބާޒާރަށް ނެރުނު ޓޫލްސްތަކުގެ ތެރޭގައި މަކިޓާ ޑީސީ ސާރކިއުލާރ ސޯ ، މަކިޓާ ޑީސީ ޝިއަރ ، މަކިޓާ ޑީސީ ބްރަޑް ނެއިލާރ އަދި މަކިޓާ އޭނގަލް ގްރޭންޑާރ ހިމެނެއެވެ.

މަކިޓާ އަދި މިނޫންވެސް އެސްޓީއޯއިން ޑިސްޓިރިބިއުޓްކުރާ ބްރޭންޑް ތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އަދި އިތުބާރުކުރާ ބްރޭންޑް ތަކެކެވެ. ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ދިވެހިންނާ ހަމައަށް ގެނެސްދީފައިވާ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި އެސްޓީއޯއަށް ވަނީ ވަރަށް ބޮޑު އިތުބާރެއްލިބިފައެވެ. އެއީ މިފަދަ ތަކެތި ބޭނުން ކުރާ މީހުންގެ މަސައްކަތްތަކުގެ ދުވެލި އަވަސްކޮށްދީ  މަސައްކަތުގެ ފެންވަރު އެކަމުން ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާތީއެވެ.

]]>
Sun, 21 May 2023 16:26:49 +0500 އުރޫ
ރާއްޖޭގެ ގަދަ 100ގެ ތެރޭގައި ސްޓެލްކޯ https://heerasnews.com/1411 https://heerasnews.com/1411 ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ބާއްވަމުންއަންނަ "ގޯލްޑް100 ގާލާ"އަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި ވިޔަފާރިތަކުގެ ތެރެއިން ގަދަ 100 ކުންފުންޏަށް އެވޯޑް ދިނުމުގެ އިތުރުން އެވިޔަފާރިތަކުގެ ޗެއަރމަނުންނާއި މެނޭޖިންގ ޑިރެކްޓަރުންނާއި ސީ.އީ.އޯގެ އިތުރުން މުހިންމު ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ހަފުލާއެކެވެ. އެގޮތުން ކޯޕަރޭޓް މޯލްޑިވްސް އިން ޝާއިއުކުރާ ރާއްޖޭގެ އެންމެ މަޝްހޫރު އަދި ކާމިޔާބު 100 ވިޔަފާރި ކުންފުނިތަކުގެ ލިސްޓުގައިވެސް "ގޯލްޑް100" ލިބުނު ކާމިޔާބު ކުންފުނިތައް ހިމެނިގެން ދާނެއެވެ. ވުމާއެކު މިލިސްޓުގައި އެކުންފުއްޏެއްގެ ނަންހިމެނުމަކީ ކޮންމެ ކުންފުންޏަކުންވެސް ދެކޭނެ ހުވަފެނެއްކަން ޔަގީނެވެ.

މިގޮތުން "ގޯލްޑް100" ލިސްޓްގައި ނަންހިމަނާލައި "ގޯލްޑް100" ގެ އެވޯޑް ހޯދި އެއްކުންފުންޏަކީ ސްޓެލްކޯއެވެ. ރާއްޖޭގެ އެންމެ ކުރި އަރާފައިވާ 100 ކުންފުނީގެ ތެރޭގައި ހިމެނުން  ސްޓެލްކޯއިން ސިފަކޮއްފައިވަނީ ހަމައެކަނި އެވޯޑެއް ގޮތަކުނޫނެވެ. ސްޓެލްކޯއިން ދެކޭގޮތުގައި މިއީ މިއަށްވުރެ ވެސް ބޮޑު ކާމިޔާބީތަކައް އެކުންފުނިން ފަށައިފައިވާ ދުރުރާސްތާ ދަތުރަށް ލިބުނު އަލިގަދަ ދަންމަރެކެވެ.

ސްޓެލްކޯއަށް މިލިބިގެންދިޔަ ކާމިޔާބީގެ ސަބަބުން އެ ކުންފުނީގެ މައިގަނޑު އަސާސްތަކާއި ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ދޭ އަހައްމިއްޔަތު ފެނިގެންދެއެވެ. އަދި ކުރިޔައް އޮތްތާގައިވެސް އެކުންފުނީގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެ ކުންފުނީގެ ކުރިއެރުމަށް އާ މަގުތައް ހޯދުމުގެ އަޒުމް އިތުރަށް ވަރުގަދަވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ކާމިޔާބު ކޮންމެ ކުންފުންޏެއްގެ ފަހަތުގައި ވެސް ހިއްސާވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާ އެއްބައިވަންތަ ޓީމެއް އޮވެއެވެ. ކުންފުންޏެއްގެ ހައިސިއްޔަތުން ސްޓެލްކޯއަށް ލިބުނު މި ކާމިޔާބީއަކީ ސީދާ އެ ކުންފުނީގެ މުވައްޒަފުންގެ އާދަޔާ ޚިލާފު ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

ސްޓެލްކޯ މި ކަޑައްތުކުރާ ތަރައްގީގެ ދަތުރުގެ ހުންގާނުގައި ހިފަހައްޓައިގެން އާއުސްމިންތަކަކަށް ވާސިލްކޮށްދޭނެ މިސްރާބަކަށް ދަތުރުކުރާ ކައްޕިތާނަކީ އަޙްމަދު ޝަރީފު ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. އެ ކުންފުނީގެ ކާމިޔާބީ ބައްޓަން ކުރުމުގައި،  އެ ކުންފުނީގެ އެމްޑީގެ ވިސްނުމާއި ލީޑަރޝިޕްގެ ދައުރު ވަރަށް ބޮޑެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ އިރުޝާދުގެ ދަށުން ސްޓެލްކޯއިން ވަނީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ތަންފީޒުކުރުމަށް އަޒުމް ކަނޑައަޅައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.  ޝަރީފްގެ ސްޓްރެޓެޖިކް ނިންމުންތަކާއި ސާބިތުކަމާއި އަޒުމާއި އެކީ ސްޓެލްކޯގެ މުޅިޓީމަށް ހިއްވަރުދެއްވުމަކީ މިފަދަ ގާބިލް ޓީމެއް މި އެވޯޑް ހާސިލްކުރުމުގެ ސިއްރެވެ.

]]>
Sun, 21 May 2023 15:49:53 +0500 އުރޫ
އެސްޓީއޯގެ އަހަރީ ޖަލްސާގައި ވާޗުއަލްކޮށް ބައިވެރިވެވޭނެ https://heerasnews.com/1395 https://heerasnews.com/1395 ކާބޯތަކެތީގެ ކަށަވަރުކަން ރައްޔިތުންނަށް ހޯދާދިނުން މައިގަނޑު އަމާޒަކަށް ހަދައި ސަރުކާރުން 1964 ގައި އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ)ކުންފުނި ވެގެންދިޔައީ މިހާރު މި ފެންނަ އެސްޓީއޯގެ ފެށުމަށެވެ. ޤައުމީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބުނު ކާމިޔާބީތަކާއެކު، އޭޓީއޭ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ނަމަށް ބަދަލުވީ1979 ގައެވެ. މިއާއެކު އެސްޓީއޯގެ އަސްލު މިޝަނަށްވެސް ބަދަލު އައިސް އިންޕޯޓްކުރުން އިތުރަށް ފުޅާކޮށް، ތަކެތީގެ ބާވަތްތައް އިތުރުކޮށް، ޒަމާނީ ކޮންސްޓްރަކްޝަން މެޓީރިއަލްއާއި، ގޭތެރޭގެ ސާމާނާއި، ކޮންސިއުމަރ މުދަލަށް ވަނީ ފުޅާވެގެންގޮސްފައެވެ.

މިފަދައިން ފެށުނު މިކުންފުނިން މިއަދާހަމައަށް ދިވެހިރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސާބިތުވެ ތިބިތިބުމަކީ އެފަދަ ދެގޮތެއް ނުވާނެ ލާމަސީލު މިސާލެކެވެ. މިގޮތުގައި ދުވަހެއް ދުވަހަކަށް ކުރިހޯދަމުން އައި އިރު ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ޖަލްސާއެއްބާވާ މުވައްޒަފުންނާއި ހިއްސާދާރުން ސާމިލް ވާހެން އަގުވަޒަން ކުރުމަކީވެސް މި ކުންފުނިން ދިރުވާ އާލާކުރަމުން އަންނަކަމެކެވެ.

މި އަހަރުގެ އަހަރީ ޖަލްސާ ބޭވުމަށް ހަމަޖެހިފައިވަނީ މި މެއި މަހު 31 ގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓް މެދުވެރިކޮށް ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް ޖާގަ ދިނުމުގެ ގޮތުން އެސްޓީއޯ އިން ވަނީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދަން ނިމާފައެވެ. ވާޗުއަލްކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖަލްސާ ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުގެ އެއް ދުވަސް ކުރިން ރަޖިސްޓްރީ ވާންވާނެއެވެ. މީގެ އިތުރުން އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކުން އަހަރީ އާންމު ޖަލްސާ ބާއްވާ ރޭ 20:25 ގެ ކުރިން ލޮގިން ވާންވާނެއެވެ. މި ޑުއަލް ފޯމެޓްގެ ސަބަބުން އިތުރު ލުއިފަސޭހަކަމެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ހިއްސާދާރުންނާއި ސްޓޭކްހޯލްޑަރުންނަށް މި ޖަލްސާގައި އަމަލީގޮތުން ބައިވެރިވެވޭނެ މަގު ފަހިވެގެންދާނެ ކަމައް އެސްޓީއޯއިން ހާމަކުރެއެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާއަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އަބްދުالله ސައީދު ހަވާލުވެވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާއެވެ. އެސްޓީއޯއަށް  މިހާރު ލިބެމުންދާ ކާމިޔާބީގައި ސައީދުގެ ލީޑަޝިޕްގެ ދައުރު ވަރަށް ވެސް ބޮޑެވެ. އަދި ކުންފުނީގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މާކެޓުގައި މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި އެސްޓީއޯ ހިމެނިގެން ދިއުމުގައި ވެސް ސައީދުގެ ދުރުވިސްނުން ހިމެނިގެން ދާނެކަން ޔަގީނެވެ.

]]>
Wed, 17 May 2023 13:00:31 +0500 އުރޫ
އެސްޓިއޯގެ އާ ބާޖާއެކު މާފަރު އެއާޕޯޓުން ޖެޓްފިއުލް އަގު ދަށައް! https://heerasnews.com/1388 https://heerasnews.com/1388 މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެސްޓީއޯގެ ހާއްސަ ބާޖެއް ކަމަށްވާ ލަގަނާ ތައާރަފްކުރުމާ އެކު ޖެޓް ފިއުލްގެ އަގު ބޮޑުތަނުން ދަށަށް ހިނގައްޖެ އެވެ. އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ތެޔޮ ރައްކާކުރުމާއި ތެޔޮ އެޅުމުގެ ހިދުމަތް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ހަބެއްގެ ގޮތުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ ސަބަބުން އެ ސަރަހައްދަށް ޕްރައިވެޓް ޖެޓްތައް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ޖެޓް ފިއުލްގެ ސްޕެޝަލައިޒްޑް ހޭންޑްލިން އާއި ޓްރާންސްޕޯޓް ރިކުއާމަންޓުގެ ސަބަބުން ރައްކާތެރިކަމާއެކު ޑެލިވަރީ ކުރުމަށް ހާއްސަ އާލާތްތަކާއި ވެހިކަލްތައް ބޭނުންކުރަން ޖެހެއެވެ.

އައިއޭއެސްއެލް އިން އެސްޓީއޯއާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެޓް ފިއުލް ސަޕްލައި ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭގެ ފަހުން އެސްޓީއޯއިން ގެންދިޔައީ ސަޕްލައި ސައިޑް އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ތެޔޮ ސްޓޭޝަން ތަކަށް ޖެޓް އޭ-1 ފިއުލް ޑެލިވަރީ ކުރެވިގެން ދިޔައީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ލަގަނާ ތައާރަފް ކުރުމާއި ގުޅިގެންނެވެ. ލަގަނާއަކީ އެންމެފަހުގެ މިނެކިރުމުގެ އެޑްވާންސް އާލާތްތަކާއެކު ކޮލިޓީ އެޝުއަރެންސް ކޯޑްތަކަށް ފެތޭ އިންޑަސްޓްރީ ސްޓޭންޑަޑް އޭވިއޭޝަން ފިލްޓަރުތަކެއް އެކުލެވިގެންވާ 200 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ބާޖެކެވެ.

]]>
Mon, 15 May 2023 17:50:40 +0500 އުރޫ
ބޭނުން ނުކުރާ ކަރަންޓަކަށް ފައިސާ ދައްކާނެކަމެއް ނެތް! https://heerasnews.com/1323 https://heerasnews.com/1323 ސިޔާސީ ބޭނުމުގައި ހެއްދެވިހާ ދޮގު ހަދައިގެން ފިތުނަވެރި ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެކަކަށްވެސް ނުއޮންނާނެއެވެ. ކަޑައެޅިގެން މީހުނަން އެނގޭ ކަންކަމުގެ ވާހަކަ ދޮގު ހަދައިގެން ދެއްކުމުން އެކަން އެނގޭ މީހުނެއް އެކަމެއް ގަބޫލެއް ނުކުރާނެއެވެ. އޭރުން އިތުބާރު ގެއްލޭނީ އެ ވާހަކަ ދައްކާ މީހާގެއެވެ. އެ ވަހާކަ ފަތުރާ ނޫހުގެއެވެ. ކިތަންމެ ތެދު ވާހަކައެއް ބުންޏަސް ދޮގުވާހަކަ ދައްކާ މީހާގެ ބަހެއް ގަބޫލެއް ނުކުރާނެއެވެ. 

ތެދެކެވެ. އެންމެ ފަހުން މާލޭގެ ތަންތަނަށް ލިބުނު ކަރަންޓް ބިލްގެ އަދަދު އާއްމު ގޮތެއްގައި ބޮޑެވެ. އެއީ ހަގީގަތެކެވެ. އެކަމަކު ކުރިއަށް ވުރެ ބިލުގެ އަދަދު ކުޑަވި ތަންތަންވެސް އެބަހުއްޓެވެ. އެވާހަކަ ދައްކާނެ މީހަކު ނޫޅޭނެއެވެ. ބިލު ބޮޑުވީމާ ބޮޑު ވާހަކަ ދައްކާނެއެވެ. ޝަކުވާވެސް ކުރެވޭނެއެވެ. ޝަކުވާ ކުރަންވެސް ވާނެއެވެ. އެކަމަކު ސޯޝަލް މީޑިއާއަކު ނޫނެވެ. 

ކަރަންޓް ބިލް ބޮޑުވުމުން ޝަކުވާ ކުރާނީ ސްޓެލްކޯގައެވެ. ވެފައި އޮތްގޮތް ސާފުވާނީ އޭރުންނެވެ. ބިލުގައި މައްސަލައެއް އޮތަސް އެކަމެއް ރަނގަޅު ކުރެވޭނީ އޭރުންނެވެ. ބިލަށް ބޮޑު ތަފާތެއް އައީ ކީއްވެގެންކަން އޭރުން ސާފު ވާނެއެވެ. މައްސަލައެއް އޮތީވިއްޔާ ރަގަޅު ކުރެވޭނީ އޭރުންނެވެ. 

ހަގީގަތް ގަބޫލު ކުރައްވާށެވެ. ޔޯލަކޮށްލާފައި ސިޔާސީ ބޭނުމުގައި ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ގަބޫލުކުރަން ޖެހޭ ހަގީގަތް ތަކެއް އެބަހުއްޓެވެ. ކަރަންޓް ބޭނުން ކުރުމުގައި އިސްރާފު ކުޑަކޮށް ކަރަންޓް ހަރަދު ކުޑަކުރާނެ ގޮތް ސްޓެލްކޯއިން އަަބަދުވެސް ދަނީ ކިޔާދެމުންނެވެ. ހާއްސަކޮށް މިދިޔަ މަހުގެ ތެރޭގައި ކަރަންޓް ބޭނުން ކުރާވަރު އާދަޔާ ހިލާފަށް އިތުރުވެ ލޯޑްވަމުން ދާކަމުގެ މައުލޫމާތު ހުއްޓާނުލާ ސްޓެލްކޯއިން އައީ ދެމުންނެވެ. ހަރަދު ކުޑަކުރާނެ ގޮތްތައް އައީ ކިޔާ ދެމުންނެވެ. 

ކަރަންޓް ބޭނުން ކުރުމުގައި އަމަލު ކުރަން ސްޓެލްކޯއިން ދެމުން އައި އިރުޝާދާ އެއްގޮތަށް އަމަލު ކުރެވުނުތޯ އަމިއްލަ ނަފްސާ ކޮންމެ މިހާކުވެސް ސުވާލުކޮށްލުން ރަނގަޅެވެ. އެޕްރީލް މަހުގެ ކަރަންޓް ބިލު މި އަހަރު އާދަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުތަކާ މެދު ވިސްނާލުން ވަރަށް ރަނގަޅެވެ.

އާދަޔާހިލާފަށް ހޫނު ގަދަވުމަކީ އެއް ސަބަބެވެ. މިހެން ހަމަ ބުނާ އިރަށް ބުނާނެ އެއްޗަކީ ކުރިން ބޭނުން ނުކުރާ ވަކި އައު އެއްޗެއް އެޕްރީލް މަހު ބޭނުން ނުކުރާ ވާހަކައެވެ. ކަރަންޓް ބޭނުން ކުރާ މީހުން ގިނަ ނުވާ ވާހަކައެވެ. އެކަމަކުވެސް ވިސްނާލުން ރަނގަޅެވެ. ހުސްވި މަހަކީ އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ގޭތެރޭގައި ގިނަ ބަޔަކު ތިބި ވަގުތު ގިނަވެގެން ދިޔަ މަހެއް ކަމަށް ގަބޫލު ކުރެވެއެވެ. 

ހާއްސަކޮށް ހުސްވީ ރޯދަމަހެވެ. އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ރޯދަމަހު ދުވާލު ބޭރުގައި އުޅުނު މީހުން މަދެވެ. ދުވާލުގަޑީގައި މަގުތަކުން އެކަން ފާހަގަ ވިއެވެ. ހަމައެއާއި އެކު ކޮންމެ ރެއަކު މުޅި ރޭހެން ފަތިސް ވަންދެން ގިނަ ބަޔަކު ގޭގައި ހޭލާ އުޅުމުން ބޭނުން ކުރި ކަރަންޓް އިންތިހާއަށް ގިނަވިއެވެ. މުޅިގެ އެއްކޮށް ދިއްލާ ހުރިއްޔާ ހުރި އިލެކްޓްރިކް އާލަތެއް ޖައްސާ ބޭނުން ކުރަމުން ދިޔައެވެ. އަވަނާ މިކްސަރާ ދެންވެސް ހުރިއްޔާ ހުރިއެއްޗެއް ހުރީ ގިނަ ވަގުތު ހިނގަ ހިނގައެވެ. އަނެއް ކޮޅުން އޭސީތައް 25ގެ މަތީގައި ބަހައްޓައިގެން އުޅުނީ މަދު މީހެކެވެ. ބިލަށް ވެދާނެ ވަރަކަށް އެކަކުވެސް ވިސްނާ ނުލާ ކަހަލައެވެ.

ރެކޯޑް މިންވަރަކަށް ހޫނު ގަދަވުމާއި ރޯދަމަހު އިސްރާފުކުރި ކަރަންޓްގެ ސަބަބުން އާދަޔާ ހިލާފަށް ބިލް ބޮޑު ނުވައެއް ނުހުންނާނެއެވެ. ކަރަންޓުން އިސްރާފު ކުރާއިރު އަތުވެދާނެ ބޮޑު ބިލަކާމެދު ވިސްނައެއް ނުލެވުނެވެ. އަތަށް ބިލްއައިމާ ބިލުގެ ބޮޑުކަން އިހުސާސްވެ ރާގުރާގަށް ސްޓެލްކޯ ބަދުނާމު ކުރުމުގެ ބޭނުމެއް ނެތެވެ. ޔަގީނުން ވެސް އެގޭ ކަމަކީ ނުނަގާ ރީޑިންއަކަށް އެއްވެސް ކޮންޒިއުމަރަކަށް ސްޓެލްކޯއިން ބިލް ނުފޮނުވާ ކަމެވެ. ކޮންމެ ކޮންޒިއުމަރެއްގެ މީޓަރ އެހުރީ އެމީހަކަށް ފެންނަ ގޮތަށް އެތަނެއްގައެވެ. ބިލްގެ ތަފްސީލް ބިލުން ފެންނަށް އެ އޮތީއެވެ. ރަނގަޅަށް ބަލާށެވެ. ބޭނުން ނުކުރާ ކަރަންޓަކަށް ފައިސާ ދޭނެކަމެއް ނެތެވެ.

ސްޓެލްކޯ އެހުރީ އެތާނގެ ކޮންޒިއުމަރުންނަށް ހުޅުވިފައެވެ. ވަޑައިގެން ހަގީގަތް ސާފު ކުރައްވާށެވެ. ގޯހެއް ހެއްދެވިފަވާ ނަމަ ގަބޫލު ކުރައްވާ ހަގީގަތާ ކުރިމަތި ލައްވާށެވެ. ކަރަންޓުން އިސްރާފު ކުރުން ކުޑަ ކުރައްވާ ފައިސާ ބޭކާރު ގޮތުގައި ހޭދަ ކުރެއްވުން ހުއްޓަވާ ލައްވާށެވެ. ފިތުނަވެރިންގެ ދޮގުތަކަށް ނުހެއްލި ސްޓެލްކޯއަށް އިތުބާރު ކުރައްވާ މައްސަލަ ހައްލު ކުރައްވާށެވެ.  

]]>
Mon, 01 May 2023 19:12:28 +0500 ހީރަސްނިއުސް
2022 ވަނަ އަހަރު އެސްޓީއޯގެ ސާފު ފައިދާ 742 މިލިއަން ރުފިޔާ https://heerasnews.com/1309 https://heerasnews.com/1309 2022 ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި މިންވަރަކީ 2021 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 486 މިލިއަން ރުފިޔާއަށް ވުރެ %52.6 ބޮޑު ފައިދާއެކެވެ.

ހުސްވި 2022 ވަނަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯގެ ހިސާބުތަކުން ދައްކައެވެ.

2022 ވަނަ އަހަރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 18.2 ބިލިއަން ރުފިޔާއެވެ. މިއަދަދަކީ 2021 ވަނަ އަހަރު އެސްޓީއޯއަށް ލިބުން ޖުމްލަ އާމްދަނީއަށްވުރެ %79 ބޮޑު އަދަދެކެވެ. ޖުމްލަ އާމްދަނީގެ ގޮތުގައި 2021ގައި އެސްޓީއޯއަށް ލިބުނީ 10.2 ބިލިއަން ރުފިޔާއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން 2022 ވަނަ އަހަރު ކުރި ވިޔަފާރީގެ ފައިދާއިން ބަހަން ނިންމާފައިވަނީ ޙިއްޞާއަކަށް 77 ރުފިޔާއެވެ. ހިއްސާގެ ފައިދާގެ ގޮތުގައި މިއަހަރު ހިއްސާއަކަށް ބަހަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި އަދަދަކީ ކުރީ އަހަރަށް ވުރެ -/12 ރުފިޔާ ބޮޑު އަދަދެކެވެ.

ކުރީ އަހަރު އެސްޓީއޯގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ބަހާފަނީ -/65 ރުފިޔާއެވެ. 2020 ވަނަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމާ އެއްގޮތަށް ހިއްސާގެ ފައިދާ ބެހޭނީ އެސްޓީއޯގެ އަހަރީ ޢާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުން ފާސްވުމުންނެވެ.  ފަހުއެވެ. އެސްޓީއޯއިން އަންނަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ތައްޔާރު ވަމުންނެވެ.

]]>
Sat, 29 Apr 2023 05:46:43 +0500 ހީރަސްނިއުސް
އެކާރާ މިކާރު : ޔާމިނު ކައްވާލި ލަގްޒަރީކާރު https://heerasnews.com/1306 https://heerasnews.com/1306 އަބަދުވެސް އެކި އެކި މުވައްސަސާތަކަށް އަދި ކުންފުނިތަކަށް ވެހިކަލް ގަނެއެވެ. ދާދިފަހުން އެންމެ ހަލުވިކަމާއިއެކު ފެތުރިގެންދިޔަ ވާހަކައަކީ ފެނަކަ އަށް ހޯދި ކާރެއްގެ ވާހަކައެވެ. އެހެންނަމަވެސް އޭގެ ކުރިން ފެނަކަ ސައީދަށް އިދިކޮޅުގެ ރުޅިގަނޑު ބާލަނީ ކީއްވެތޯ ވެސް ބަލައިލާނަމެވެ.

ހުރިހާ ގޮންޖެހުންތަކާ އެކީގައި ވެސް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް ކުންފުނީގެ ހުރި ދަތިތަކުގެ އިހުސާސް ވިޔަނުދެއްވާ 24 ގަޑިއިރު ކަރަންޓުގެ ހިދުމަތައި އެހެން ޔޫޓިލިޓީގެ ހިދުމަތް ދެއްވާކަމީ އެއީ ސައީދުގެ ހަމަ ކުޅަދާނަކަމެވެ. ފެނަކަ އިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ޕްރޮޖެކްޓުތަކަށް ލިބުނު އެވޯޑުތަކާއި އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދުއަށް ލިބުނު އެވޯޑު ވެސް ހިމެނެއެވެ.

ފެނަކައިން ދައްކަން ޖެހޭ ދަރަނިތައް ވެސް ދައްކާ ހަލާސް ކުރަމުން ދާއިރު ބޮޑު އިސްކަމެއް ދީގެން ރަށްރަށުގެ ކަރަންޓް މައްސަލަ އެ ކުންފުނިން ދަނީ ހައްލު ކުރަމުންނެވެ. އެގޮތުން ކުރިން ކަރަންޓް ކެނޑިގެން އަތޮޅުތަކުގެ ރައްޔިތުން އުފުލަންޖެހޭ ބުރަ ކުޑަ ކުރުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފައިފައެވެ.

ރާއްޖޭގެ އުތުރުގެ ސިޓީ ކުޅުދުއްފުށީސިޓީގެ (ފެނަކަ) ހިސްޓްރީއަށް ބަލާއިރު މީގެކުރިން ދިހަ ބާރަ ފަހަރު ސާރވޭ ކުރެވި ހަތަރު ވައްތަރަކަށް ކުރަހާ ފޮޓޯ ނަގާ ބޮޑެތި ފައިލް ތަކަށްލައި ރަނގަޅު ޝޯ ކޭސްތަކުގައި ބަހައްޓާފައި އެބަހުއްޓެވެ. ރައީސް ސޯލިހުގެ ސަރކާރު އައިސް ފެނަކައިގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ކުރިން ނުފެންނަވަރުގެ ހިދުމަތެއް ދެމުންދާތީއާއި ދައްކަމުންދާ ނަތީޖާތަކަށް ބަލާއިރު އިދިކޮޅަށް އެންމެ ގޮންޖެހުން ބޮޑު ކުންފުންޏަކަށް ވާނީވެސް ފެނަކައެވެ. ފެނަކައަށް ވާދަވެރިންގެ ބަސްތައް އަމާޒުވަނީވެސް މިފަދަ ސަބަބުތަކާ ހުރެއެވެ.

އެބުނާ ކާރެއް ވާހަކަ ދައްކާލަމާ ހިންގާށެވެ. ދާދިފަހަކުން ފެނަކައަށް ގެނައި ކާރަކި ފެނަކައިގެ ބޭނުމަށް ގެނެވުނު ފެނަކައިގެ ހަރުމުދަލެކެވެ. ފެނަކަ ދޫކޮށް ސައިދު މާދަމާ ގެއަށްވަޑައިގެންނެވިއަސް އެކާރު އޮނާނީ ފެނަކާއިގައި ފެނަކައިގެ ބޭނުންތަކަށެވެ. ދުއްވާނީ ކޮންމެވެސް އެހެން މީހެކެވެ. މިއީ މިސަރުކާރުގެ ކާރުގެ ވާހަކައެވެ. ދެން ދައްކާލަން އޮތީ އެސަރުކާރުގެ ކާރުވާހަކައެވެ. ރައީސް ޔާމިންގެ އަބިކަނަބަލުންނަށް ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވިކާރުތަކާއި ބާރތުޑޭ ގިފްޓްގޮތުގައި ލިބުނު ކާރުގެ ވާހަކަ ދައްކާލަން ނުކެރެނީ ކީއްވެތޯއެވެ. ރައީސް ކަން ކުރައްވާ ބޭފުޅުން ދުއްވަން ބޭރުގެ ގައުމުތަކުން ދެއްވާ ކާރުތައް އަމިއްލަ ނަން މައްޗަށް ބަދަލުކުރެއްވި ވާހަކަ ދައްކާލަން ނުކެރެނި ކީއްވެހެއްޔެވެ. ޗާރޓަރ ފުލައިޓް ތަކުގައި ދަރިން ގެނައި ކާރުތަކުގެ ވާހަކަވެސް ދައްކާލަންވީނޫންތޯއެވެ. ކާރުގެ ވާހަކަ ދައްކަން އިދިކޮޅުން ލަދު ނުގަންނަނީ ލަދުހަޔާތް ކުޑަކަމުންނެކޭ ދަންނަވާކަށް ނެތީމެވެ. އެއްއެމްޕީއާރުސީއާއި އެސްއީޒެޑްގެ ތެރޭން ލިބުނުކަޓުގެ ދަންތުރައިގައި ޖެހިދާނެތީ ކޮންމެ ވާހަކައެއް ވެސް ދެއްކި ދާނެއެވެ. އެއީ އެސަރުކާރާއި މިސަރުކާރުގެ ކާރު ވީމާ ވާކަމެއް ނޫނެވެ.

]]>
Sat, 29 Apr 2023 02:33:05 +0500 ޒުރޫ
ސްޓެލްކޯގައި ހިދުމަތުގެ ހާއްސަ ޓީމެއް https://heerasnews.com/1289 https://heerasnews.com/1289
ހޫނު މޫސުމާއި ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމާ ގުޅިގެން ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ގިނަގުނަ ކަންތައްތަކެއް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމްގެ ސީދާ ބެއްލެވުމުގެ ދަށުން ހާއްސަ ޓީމެއް ވަނީ އެކުލަވާލާފައެވެ. އެކުލަވާލި އެ ޓީމުގެ މަސައްކަތްތައް ވަނީ ފަށާފައިއެވެ.

ހާއްސަ ޓީމުގެ މަސައްކަތް ފެށުމާއެކު ހިދުމަތުގެ ފެންވަރަށް ކުރިއަށްވުރެވެސް ހެޔޮ ބަދަލުތަކެއް އައިސް ސްޓެލްކޯއިން ދޭ ކަރަންޓްގެ ހިދުމަތް މިހޫނު މޫސުމުގައިވެސް މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށް އިތުރު ބާރެއް ލިބިގެން ދާނެކަމަށް ބެލެވެއެވެ. 

]]>
Wed, 26 Apr 2023 14:52:33 +0500 ހީރަސްނިއުސް
ފެނަކަ: ރައްޔިތުމީހާގެ އިތުބާރު ހޯދައިފައިވާ އެއްކުންފުނި https://heerasnews.com/1271 https://heerasnews.com/1271 ފާއިތުވެދިޔަ މާޒީގައި ފެނަކައިން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ތަޣައްޔަރުވެ، ކިލަނބުވެފައި ވަނިކޮށް ނޮވެންބަރ 17، 2018 އިން ފެށިގެން މިއަދާ ހަމައަށް ކުންފުނީގެ ހިންގުމަށް ގެނައި އިންގިލާބީ ބަދަލާ ގުޅިގެން މިއަދު ހޯދިފައި އަދި ހޯދަމުންދާ ކާމިޔާބުތަކަށް ހަސަދަވެރިވާ މަދު ބަޔަކު ތިބިކަން ޔަގީނެވެ. ކުންފުންޏާއި ގުޅޭގޮތުން ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަށް ފޫގަޅާފައި ތިބި ބަޔަކުވެސް އެބަތިއްބެވެ.

އެހެން ނަމަވެސް ކުންފުންޏާއި އަދި ކުންފުނީގެ ވެރިންނާމެދު އެކި ފަރާތްތަކުން ޝާއިއު ކުރަމުންދާ ހަގީގަތާ ހިލާފު ވާހަކައަކުން ދޭ ހިދުމަތަކަށް އަސަރެއް ނުކުރެއެވެ. އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތް އެންމެ ހިނދުކޮޅަކަށް ވެސް ފަސްޖެހުމަކާ ނުލާ ދަނީ ފޯރުކޮށްދެމުންނެވެ.

މި އަދުގެ ފެނަކަ އަކީ ރައްޔިތުނަށް ހިދުމަތްދިނުމުގައި ނަމޫނާ ކުންފުންޏެކެވެ. ތަޢުލީމާއި ތަމްރީންލިބި ހުނަރުވެރި މުވައްޒަފުންތަކެއް ބިނާކުރަމުންދާ ފަހުރުވެރި ކުންފުންޏެކެވެ. ރައްޔިތުންނަށް ތަކުލީފްތަކަކަށްވެފައިވާ ދުނބުޅި އިންޖީނުގެތައް ޒަމާނީފެންވަރަށް ބަދަލުކޮށް، މުވައްޒަފުންނަށް އެކަށީގެންވާ މާހައުލެއްގައި މަސަތްކަތް ކުރުމަށް ފުރުސަތު ހޯދައިދިން ކުންފުންޏަކީ ފެނައެވެ. އެކަމުގެ މޭސްތިރިއަކީ ފެނަކަ އެމްޑީ ސަޢީދުއެވެ.

ކުންފުނި ހަރުދަނާކުރުމުގެ ގޮތުން މުވައްޒަފުންނަށް އަމާޒުކޮށްގެން އެކިފެންވަރުގެ ކޯސްތަކާއި، ތަމްރީން ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. ކޮންމެ މުވައްޒަފަކީ ވެސް އެ މުވައްޒަފަކު އަދާކުރާ ވަޒީފާއަށް ގާބިލު ވަޒީފާއަށް ފުރިހަމައަށް ތައްޔާރުވެފައިވާ ފަރާތްތަކަކަށް ފެނަކަ ވަނީ ހަދާދީފައެވެ. މިހާރުވެސް އެކި ކަންކޮޅު ތަކުގައި އެ މަސަތްކަތް ދަނީ ކުރެވެމުންނެވެ. ރަށްރަށުގެ އިންޖީނުގެތައް ކުރިއެރުވުމުގައި ވަކިރަށެއް ތަފާތުނުކޮށް، އެ ރަށަކަށް އެކަށިީގެންވާވަރު އިންޖީނުގެއެއް އަޅުއްވާ، ރަށްޔިތުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ މުވައްޒަފުން ހަމަޖައްސައި ފުރިހަމަ ހިދުމަތެއް ރައްޔިތުނަށް ފޯރުކޮށްދެމުންދާތީ އެކަމާ ބަޔަކު މޭކަރަނީއެވެ. ފެނަކަ ދައްކަމުންދާ ފުރިހަމަ ނަތިޖާ ހަޖަމްވެސް ނުވަނީއެވެ.

އެހެންނަމަވެސް އިންޖީނުގޭގެ އަޑުފައްގަނޑާހުރެ ނިދިން މަހުރޫމުފައި ތިބި ރައްޔިތުމީއަށް ތަސައްލީ ހޯދައިދިން ފެނަކަމަތިން އެ ރައްޔިތުމީހާ ހަނދާން ހުންނާނެއެވެ. އެރައްޔިތުމީހާ އެކަން ބަލައިގަންނަނީ  އުފަލާއިއެކުގައެވެ. އެ ރައްޔިތުމީހާއަށް ފެނަކަ ކުންފުނި ފެންނަނީ ރައްޔިތުމީހާއަށް ތަސައްލީ ހޯދަދިން ކުންފުނީގެ ގޮތުގައެވެ.  

 

]]>
Sat, 22 Apr 2023 19:52:20 +0500 ޒުރޫ
ހޫނުމިން 40 ޑިގްރީއަށް: ކަރަންޓް އިސްރާފުނުކުރޭ https://heerasnews.com/1269 https://heerasnews.com/1269 ރާއްޖޭގެ ހޫނުމިން ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިއަދު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނުމާ ގުޅިގެން ބޭނުންކުރާ ކަރަންޓްގެ މިންވަރު ދަށްކޮށް ކޮންމެހެން ބޭނުންނުވާ ގޮތްގޮތަށް ކަރަންޓް ބޭނުން ނުކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ. ކަރަންޓުން އިސްރާފު ނުކުރުމަށް ހުސްވި ހަފްތާގައި ވެސް ސްޓެލްކޯއިން އިލްތިމާސް ކޮށްފައިވެއެވެ. 

މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށް ސްޓެލްކޯއިން ޓްވީޓްކުރީ މިއަދެވެ. 

ހޫނު މޫސުމުގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ ކަރަންޓް ބިލު ބޮޑުވެއެވެ. އެކަން ހަނދާން ކޮށްދީ ކަސްޓަމަރުންގެ ސަމާލު ކަމަށް ތަކުރާރުކޮށް އެ ކުންފުނިން ގެނެއެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ހޫނުގަދަވެ ކަރަންޓު ބިލްތަކަށް ބޮޑު ބަދަލެއް އަންނާތީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނައުމަކީ ސްޓެލްކޯއިން ހުއްޓަނުލާ ކުރާ ކަމެކެވެ. ކަރަންޓުގެ ހަރަދު ކުޑަކުރަން ކުރެއްވެން ހުރި ކަންކަން އޮޅުން ފިލުވައިދީ ހަރަދު ކުޑަކުރުމަށް ސްޓެލްކޯއިން އަބަދުހެން ބާރު އަޅައެވެ.

އެހެން ދުވަސްތަކާއި ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުގައި ވެސް ކަރަންޓު އުފައްދަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.  

މިހިގާ އޭޕްރީލް އަދި މެއި މަހަކީ މި އަހަރުގެ އެންމެ ހޫނުގަދަ ދެ މަސް ކަމުން މި ދެމަހު ކަރަންޓަށް ސަމާލުވެ އިސްރާފް ނުކުރުމަށް ސްޓެލްކޯއިން މިދިޔަ ހަފްތާގައި އިލްތިމާސް ކުރިފަހުން އަނެއްކާ މިއަދު އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނައީ ކަމުގެ މުހިންމު ކަން ބޮޑުކަމުންނެވެ. 

]]>
Sat, 22 Apr 2023 18:32:20 +0500 ހީރަސްނިއުސް
އެމްޕީއެލްގެ ޑީޕް ސީ ބަނދަރެއް ތިލަފުށީގައި އަޅަނީ https://heerasnews.com/1264 https://heerasnews.com/1264 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި "ޑީޕް ސީ" ބަނދަރެއް އެޅުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ބަނދަރުގެ އަމާޒަކީ އާންމު މުދާ ފިޔަވައި މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ކުރިއަށްގެންދާ ހުރިހާ ކާގޯ އޮޕަރޭޝަންތަކަށް ހިދުމަތް ދޭ ބޮޑެތި ބަލްކް ކާގޯ އަދި ކޮންޓެއިނަރ އުފުލާ އުޅަނދުފަހަރަށް ޖާގަ ދިނުމެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އިންފްރާސްޓްރަކްޗަރ ހެދުމާއި ކޮމިޝަން ކުރުމުގެ މަސައްކަތުގެ ތެރޭގައި ބްރޭކްވޯޓަރ، ކުއޭ ވޯލް، އޭޕްރަން، ކޮންޓެއިނަރ ޔާޑް، ޓާމިނަލް ބިލްޑިންގ، ރޯޑްވޭސް އަދި އެންޓްރީ/އެގްޒިޓް ގޭޓް ހިމެނެއެވެ. އަދި ގުދަންތަކާއި ޓްރަކް ޕާކިން އަދި ޔުޓިލިޓީ އިންފްރާސްޓްރަކްޗާ ފަދަ އެންސިލަރީ ފެސިލިޓީތަކަކީ ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. 

އެމްޕީއެލް އިން މި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ކުންފުނިތައް ހޯދަމުން އަންނައިރު، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (EOI) ހުށަހަޅާ ކުންފުނިތަކުގައި ކަމާ ގުޅޭ ތަޖުރިބާއާއި އެކަށީގެންވާ ވަސީލަތްތަކާއި މާލީ ތަނަވަސްކަން ހުރުމުގެ އިތުރުން މަޝްރޫޢުތައް ވަގުތުން އަދި ބަޖެޓުގެ ތެރޭގައި ނިންމުމުގެ ރަނގަޅު ޓްރެކް ރެކޯޑެއް އޮންނަންޖެހެއެވެ. އަދި ޕްރޮޖެކްޓަ ހުށައަޅާ ކުންފުންޏަކީ މަސައްކަތް ނިންމުމުގެ ޤާބިލުކަމަށް ބުރޫއަރާ ފަދަ ބަނގުރޫޓުވުމެއް ނުވަތަ ގާނޫނީ ދެބަސްވުން ތަކެއް އުފެދިފައި އޮތް ކުންފުންޏަކަށްވެގެން ނުވާނެއެވެ. އަދި ހަމައެހެންމެ ފިނޭންސް މިނިސްޓްރީގެ ޑިބާޑް ލިސްޓުގައި ހިމެނޭ ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އެމްޕީލް އިން ބުނެފައިވެއެވެ.

އެމްޕީއެލް އިން ބުނާގޮތުގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 26 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 23:59 ކުރިން އީއޯއައި ހުށަހެޅަންވާނެއެވެ.އެމްޕީއެލް އިން ހާމަހަކުރާ ގޮތުގައި ޓެންޑަރ ޕްރޮސެސްއަށް ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރާނެއެވެ.

ޑީޕްސީ ބަނދަރު ހެދުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވެ، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެ، ކަނޑުދަތުރުފަތުރުގެ މައި ހަބެއްގެ ގޮތުގައި މިސަރަހައްދުގައި ރާއްޖެ އިތުރަށް ފާހަގަވެގެން ދާނެއެވެ.

]]>
Thu, 20 Apr 2023 17:31:23 +0500 އުރޫ
ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވޭ: ސްޓެލްކޯ https://heerasnews.com/1253 https://heerasnews.com/1253 ކޮންމެ ދުވަހެއްގެ ހަލަބޮލި ދިރިއުޅުމުގައި ހުއްޓުމެއްނެތި އުޅެމުންގެދާއިރު މޫސުމަށް ބޯލެނބުންނޫން ގޮތެއްނޯވެއެވެ. ދުނިޔޭގެ ފިނިހޫނު މިނައް  އަންނަ ބަދަލުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް އަންނަބަދަލު މަދެއް ނޫނެވެ. މި ބަދަލުތަކުގެ ތެރެއިންވެސް އެ ކަމެއްގެ ސަބަބުން އެންމެ އުނދަގޫ ވާކަމަކީ ހޫނުވުމޭ ބުނުން ގޯހެއްނުވާނެއެވެ.

ދުނިޔޭގެ މޫސުމާބެހޭ އިދާރާތަކުން ކޮންމެ އަހަރަކުވެސް އެކިއެކި ގައުމުތަކުގެ މޫސުމާބެހޭ ގިނަ ރިޕޯޓްތައް އާންމު ކުރަމުން ގެންދެއެވެ. އެގޮތުން އޭޕްރީލް އަދި މޭ މަހަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ މަސްތައް ކަމުގައި ލަފާކޮއްފައިވެއެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑަށް ލޯޑް ބޮޑުވަނީ ކަރަންޓްގެ ހިދުމަތްދޭ ފަރާތްތަކަށެވެ.

ސްޓެލްކޯއިން ހާމަކުރާ ގޮތުގައި މިދުވަސްވަރު ކަރަންޓުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުން ކަރަންޓު ބޭނުންކުރާ ރޭޓް ވަނީ އިތުރުވެފައެވެ. ހަމައެހެންމެ މިދުވަސްވަރު ރަމަޟާންމަހާ ދިމާވުން މި ރޭޓްވަނީ އެތައް ތަނެއް މަތިވެފައެވެ.

ސްޓެލްކޯގެ ފަރާތުން އިތުރަށް ވިދާޅުވީ މިދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ކަރަންޓު އުފަދަންޖެހޭ މިމްވަރުވެސް ވަނީ އެތައް ގުނައެއް އިތުރު ވެފައެވެ.
ސްޓެލްކޯއިން ނެރެފައިވާ ބަޔާނުގައިވަނީ އާމުންނައް ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމައްށާއި ވީހާވެސް ބޮޑަކަށް ކަރަންޓު އިގްތިސާދު ކުރުމަށް އިލްތިމާސްކޮށްފައެވެ.

]]>
Wed, 19 Apr 2023 01:35:34 +0500 އުރޫ
މުދާކްލިއަރ ނުކުރެވިގެން ބާޒާރުގެ އަގުތައް ބޮޑެއް ނުވާނެ: އެމްޕީއެލް https://heerasnews.com/1242 https://heerasnews.com/1242 މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުތަކުން މުދާ ހުސްކުރުމުގައި އެއްވެސް މައްސަލައެއް މިރޯދަ މަހު ދިމާއެއް ނުވެއެވެ. ބޯޓެއް ހުސްކުރަން ނަގަނީ އެންމެ ސޯޅަ ގަޑިއިރެވެ.

ރޯދަ މަހަކީ މުދާ އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާ މަހެއް ކަމަށް ވިޔަފާރި ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެއެވެ. އެހެންކަމުން އެމްޕީއެލްއިން ރޯދަމަހަށް ވަރަށް ބޮޑު ތައްޔަރީތަކެއް ވިއެވެ.

އަވަހަށް ހަލާކުވާ ޒާތުގެ މުދާ އަވަހަށް ހުސްކޮށް ކްލިއާ ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެ ގޮތުން, ވަގުތީ ޝެޑުތަކެއް ހެދައިގެން ބޯޓުތަކުން އަވަހަށް މުދާ ބާލާ އެ ތަކެތި ޖެހޭނެ ތަން ހަމަޖެއްސިއެވެ. 

އެމްޕީއެލްގެ އެސިސްޓަންޓު ޖެނެރަލް މެނޭޖަރު އަދި ކާގޯ ކްލިއަރެންސްގެ ހެޑު ތޮލްއަތު ސައީދު ވިދާޅުވަނީ ކުރީން ރާއްޖެއަށް އަންނަ ބޯޓުތައް ހުސްކުރުމަށްޓަކާ ދެ ދުވަސް ތިން ދުވަސް ހޭދަކުރާ ހޭދަކުރުން ގާތްގަނޑަކަށް 16 ގަޑިއިރަށް ބަދަލުކުރެވިފައިވާ ކަމަށެވެ. 

ތޮލްހަތު ސައީދު ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި މި އަހަރުގެ ރޯދަ މަހު ވެސް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ބިހާއި ކަރައާއި ދޮންކެޔޮ ފަދަ ހަލާކުވާ ޒާތުގެ މުދަލެވެ. އެ ތަކެތި ކްލިއަރ ކުރުން ލަސްވެގެން އެހެން އަހަރުތަކުގައި ބާޒާރުގެ އަގުތަކަށް އަންނަ ނޭދެވޭ ބަދަލުތައް މި އަހަރަކު ނާދެއެވެ. އަނެއްކޮޅުން މުދާ ކްލިއާ ނުވެެގެން ޝަކުވާ ހުށަހެޅިފައެއް ނުވެއެވެ. ރޯދަ މަހު ހަވީރު 4:00 އިން ފެށިގެން މުދާ އުފުލުން މަނާކޮށްފައި އޮތުމުން ކޮންމެ ދުވަހަކުވެސް އެ ވަގުތުގެ ކުރިން މުދާ ބަރުކުރާ ވެހިކަލްތައް ބަނދަރުން ނެރުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

]]>
Mon, 17 Apr 2023 18:20:20 +0500 ހީރަސްނިއުސް
އައު އެމްޑީއާއެކު އެސްޓީއޯއިން 20 އެންބިއުލާންސް https://heerasnews.com/1218 https://heerasnews.com/1218 ދިވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމުގައި ވެސް ރައީސް ސާލިހު ގެންގުޅުއްވަނީ ހަމަހަމަ ސިޔާސަތެވެ. ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކުރައްވާ ކޮންމެ ދިވެހި ރައްޔިތަކަށް ބޭނުންވާ ސިއްހީ ފަރުވާ އެންމެ ކައިރިން އެންމެ އަވަހަށް ލިބޭނޭ ގޮތައް ކަންކަން އިންތިޒާމުކޮށް ދެމެހެއްޓެނިވި ކަމާއެކު ކަށަވަރުކޮށް ދެއްވުމަކީ ރައީސް ސާލިހުގެ އަމާޒެވެ. 

ރައްޔިތުންނަށް އަތްފޯރާފަށުގައި ކާޑާއި ތެލާއި ބޭސް ފޯރުކޮށް ދިނުމުގެ ގައުމީ ޒިންމާ އަދާކުރަނީ އެސްޓީއޯއިންނެވެ. އެސްޓީއޯގެ ހިންގުމަށް ހެޔޮބަލުތައްތއް ގެނަސް ރައީސްގެ ހަމަހަމަ ސިޔާސަތު ތަންފީޒު ކުރުމުގައި އެސްޓީއޯގެ ދައުރު ބޮޑެވެ. ކުރިއަށްވުރެވެސް ރަނގަޅަށް ރައީސްގެ ހަމަހަމަ ސިޔާސަތު ތަންފީޒު ކުރުމަށް އެސއޓީއޯގެ ހިންގުމަަަަަށް އެސްޓީއޯއަށް އައު މެނޭޖިންގ ޑިރެކްޓަރެއް އައްޔަނު ކުރެއްވުމަކީ ހެޔޮފާލެކެވެ.

އެސްޓީއޯގެ އައު އެމްޑީ އެސްޓީއޯގެ ހިންގުމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ ސިއްހީ ހިދުމަތުގެ އެއްމެ މުހިންމު އެއްބަހާ ކަމުގައިވާ އެންމިއުލާންސް ހޯދާދިނުމެވެ. އެގޮތުން ބައެއް ހޮސްޕިޓަލް ތަކަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން ހަވާލުކޮށްފިއެވެ. 

އެމްބިއުލާންސްތައް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދުއެވެ. އެއްބަސްވުމުގެ ދަށުން 20 އެމްބިއުލާންސް 90 ދުވަހުގެ ތެރޭގައި ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް ވިދާޅުވިހެން އެސްޓީއޯއަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެކި ގޮތްގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. ވަސީލަތާއި ބޭހުގެ އިތުރަށް ހާއްސަ ގޮތެއްގައި އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެސްޓީއޯގެ އެހީތެރިކަން ހެލްތު ދާއިރާއަށް ކެނޑި ނޭޅި ލިބެމުންދއެވެ.

އެސްޓީއޯގެ އައު މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވީ ފަހަރު 20 އެމްބިއުލާންސް ގެންނަނީ ޖަޕާނުން ކަމަށެވެ. އެންމެ ފަހުން ކުރެވުނު ކޮންޓްރެކްޓްގެ ދަށުން އެމްބިއުލާންސް ގެނެސްދިނުމަށް 10 މަސް ނެގިނަމަވެސް މި ފަހަރު އެންބިއުލާންސްތައް 90 ދުވަސް ތެރޭގައި ހެލްތާ ހަވާލުކޮށް ދެއްވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެސްޓީއޯއިން ވަނީ 96 އެމްބިއުލާންސް ރާއްޖެ ގެނެސް ސަރުކާރާ ހަވާލުކޮށްފައެވެ. އެ އެމްބިއުލާންސްތައް ވަނީ އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް ފޮނުވާފައެވެ. ކުއްލި ހާލަތްތަކުގައި ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަސީލަތަކީ އެމްބިއުލާންސްއެވެ. 

]]>
Mon, 10 Apr 2023 18:11:58 +0500 ހީރަސްނިއުސް
މިއަހަރު މިހާތަނަށް ބައިމިލިޔަން ފަތުރުވެރިން އަތުވެއްޖެ! https://heerasnews.com/1210 https://heerasnews.com/1210 އޭޕްރީލް މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 555537 ފަތުރުވެރިން އަތުވެއްޖެއެވެ. 2022 ވަނަ އަހަރާއި އަޅާބަލާއިރު މިއީ %21.6ގެ ކުރިއެރުމެކެވެ. 2022 ވަަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 457005 ފަތުރުވެރިންނެވެ. މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހުރީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ތަކަށް ވުރެވެސް މަތީގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ގައުމާއި އަދަދު:

  • ރަޝިއާ: 68،102 ފަތުރުވެރިން
  • އިންޑިއާ: 58،859 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 55،093 ފަތުރުވެރިން
  • އިޓަލީ: 48،137 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 41،489 ފަތުރުވެރިން

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5848 ފަތުރުވެރިން މިހާރު ރާއްޖެ އާދެއެވެ. ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ. ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި 1232 ތަނެއް އެބަހުއްޓެވެ. އެ ތަންތަ ހުރީ ޖުމްލަ 60،510 އެނދެވެ. އެނދުގެ ޖުމްލަ ކުރަނީ ރިސޯޓްތަކާއި ހޮޓެލްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް ހިމަނައިގެންނެވެ.
1.9 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެއަށް ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ. ހުސްވި އަހަރު ރާއްޖެ ގެނައުމަށް އަމާޒުހިފި 1.6 މިލިއަން އަހަރު ނިމުމުގެ މާ ކުރިން ވަނީ ހާސިލްވެފައެވެ. 

]]>
Sat, 08 Apr 2023 22:23:05 +0500 ހީރަސްނިއުސް
ރޯދަ ބާޒާރު: ކަރާ https://heerasnews.com/1161 https://heerasnews.com/1161
ރަމަޒާން މަހަށް އެގްރޯނެޓުގެ ފަރާތުން 150 ޓަނުގެ ކަރާ ބާޒާރަށް ނެރޭނެއެވެ. ކަރާ ފުރަތަމަ ޝިޕްމަންޓް ނެރުނީ  މިމަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 3 ޓަނުގެ ކަރައެވެ. އަދި 20 ވަނަ ދުވަހުވެސް އިތުރު 3 ޓަނުގެ ކަރާ ބާޒާރަށް ނެރުނެވެ. އެސްޓީއޯ އެގްރިނެޓުން ބާޒާރަށް ނެރޭ ތަކެތި ވިއްކަނީ ހޯލްސޭލްކޮށެވެ.

އެގްރޯނެޓަށް އެންމެ ގިނައިން ކަރާ ލިބެނީ ގދ. ފިޔޯރީންނެވެ. ލ. ގަމުން ވެސް އެގްރިނެޓަށް ގިނަ އަދަދަކަށް ކަރާ ލިބެއެވެ. ކަރާ ކިލޯއެއް އެގްރިނެޓްއިން ގަންނަން ލިބެނީ 18ރ. އަށެވެ.

އއ. ތޮއްޑޫން މި އަހަރު ވެސް 200 ޓަނަށްވުރެ ގިނަކަރާ މާރުކޭޓަށް ނެރެވޭނެއެވެ. ރަމަޒާން މަހައް ހާއްސަކޮށްގެން ކަރާ ހެއްދުމަށް ތޮއްޑޫއިން 2.3 މިލިޔަން އަކަފޫޓް މިއަހަރުވެސް ދޫކޮށްފައިވެއެވެ. 
]]>
Thu, 23 Mar 2023 15:40:59 +0500 ހީރަސް
ހުޅުމާލެ 2ވަނަ ފިޔަވަހީގައި އެސްޓީއޯ މާރޓެއް https://heerasnews.com/1145 https://heerasnews.com/1145 ހޯލްސޭލް އަދި ރީޓެއިލް ހިދުމަތް ލިބޭ އެސްޓީއޯ ރޯދަ މާރޓް ހުޅުމާލެ 2 ވަނަ ފޭހުގައި ހުޅުވައފިއެވެ. އެސްޓީއޯ ރޯދަ މާރޓް ހުޅުވާދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ.

ރޯދަ މާޓް ހުޅުވުމުގެ ބޭނުމަކީ އެސްޓީއޯ ގެ މުދާ ރަނގަޅު ހެޔޮ އަގެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށް ދިނުމެވެ. އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދާ ގަންނަން ލިބުމުގެ އިތުރަށް މާރޓުން ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ މުދާ ވެސް ރޯދަ މާޓުން ލިބޭނެއެވެ. ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އެތެރެކުރާ ފިޔާ، އަލުވި، އަދި ބިސް ރޯދަ މާޓުން ލިބޭނެއެވެ.

އެސްޓީއޯ ރޯދަ މާރޓް ހުންނަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް-9 ގައެވެ. ރޯދަ މާރޓް ހުޅުވުމާއި ގުޅިގެން ގެވެހި ސާމާނަށް ހާއްްސަކޮށްގެން ވިޔާފާރީގެ ހާއްސަ އޮފަރއެއް 22 މާރޗްގެ ނިޔަލަށް އެސްޓީއޯއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

]]>
Sat, 18 Mar 2023 10:17:33 +0500 ހީރަސް
އެސްޓީއޯ ވީކެންޑް ފިއެސްޓާ https://heerasnews.com/1099 https://heerasnews.com/1099

އެސްޓީއޯ ވީކެންޑް ފިއެސްޓާއަކީ އެސް.ޓީ.އޯ ރަމަޒާން ބާޒާރާއި ގުޅުވައިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިޔަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. ވީކެންޑް ފިއެސްޓާ އޮންނާނީ ކޮންމެ ހަފްތާ ބަންދެއްގައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ.

އެސްޓީއޯ ވީކެންޑް ފިއެސްޓާ ޕްރޮމޯޝަންގައި ވަރަށް ހާއްސަ ޑިސްކައުޓްތައް ލިބޭނެއެވެ. އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސްގައި ރެކްލީސް ކުރައްވައިގެން ވިޔަފާރި ކުރައްވާ ފަރާތްތަކުންވެސް މި ފިއެސްޓާގެ ތެރެއިން ޚާއްސަ ޑިސްކައުންޓްތައް ލިބިދޭނެއެވެ. 

ޕްރޮމޯޝަންގެ މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕަލައަންސް ބައްލަވައިގަތުމަށް ހޭދަކުރައްވާ ކޮންމެ 1000 ރުފިޔާއަކާއެކު އިނާމެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އެސްޓީއޯއިން ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށްގެންދާ މި ފިއެސްޓާގައި ކޮންމެ ދުވަހެއްގެ ހަވީރު ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. ވީކެންޑް ފިއެސްޓާގައި ރޭގަނޑު ފްރީ ޓޭސްޓިންގ ކުރިޔަށް ގެންދިޔުމަށް އެސްޓީއޯއިން ވަނީ އިންތިޒާމްކޮށްފައެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ބޮޑެތި އިނާމްތަކަކާއެކު ފެށީ ހުސްވި ޖެނުއަރީ މަހުއެވެ. 22 ޖަނަވަރީ އިން 29 އެޕްރީލްގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި، ރީޖަނަލް ފިހާރަތަކުގައި ރަމަޟާން ބާޒާރު ކުރިޔަށް ދާނެއެވެ. އެސްޓީއޯ މަކިޓާ ޝޯރޫމްގައި ރަމަޒާން ބާޒާރު އޮންނާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ.  ނިޕޯން ރަމަޒާން ބާޒާރުވެސް 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް ކުރިޔަށް ދާނެއެވެ.

]]>
Sat, 04 Mar 2023 11:56:11 +0500 ހީރަސް
އެމްޕީއެލް ރޯދައަށް ތައްޔާރު https://heerasnews.com/1088 https://heerasnews.com/1088 ކޮންމެ އަހަރަކު ވެސް ރޯދަމަހު ގިނަ އަދަދެއްގެ މުދާ ރާއްޖެއަށް އެތެރެކުރެއެވެ. އެހެން ކަމުން މުދާ ކުލިއަރކުރުމާ ފޯރުކޮށް ދިނުމުގައި އެމްޕީއެލްއަށް ވަރަށް ބާރުބޮޑުވެއެވެ. 2022 ވަނަ އަހަރުގެ ރޯދަމަހަކީ ކޮވިޑް19ގެ ފަހުން އެންމެ ގިނަ އަދަކަށް މުދާ އެތެރެކުރި ރޯދަމަހެވެ. މިއަހަރު ރޯދަމަހު މުދާ އެތެރެކުރާ މިންވަރު އެއަށްވުރެވެސް އިތުރުވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ލަފާކުރައްވައެވެ. އެހެންކަމުން ރޯދަމަހު ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވަރަށް ބޮޑަށް ދުރާލާ ތައްޔާރު ވެއްޖެއެވެ. އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ އެތައްޔާރީތަކާ ގުޅޭ ތަފްސީލްތައް ދެއްވާފައެވެ.  
" އަޅުގަނޑުމެންގެ ހުރިހާ އިކުއިޕްމަންޓްތައް، ހާއްސަކޮށް ރޯދަމަހު އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ގިނަ އިކުއިޕްމަންޓްތައް އަޅުގަނޑުމެން ހޯދާ އިތުރުކޮށް، ވަރަށް ގިނަ އިކުއިޕްމަންޓްތައް މަރާމާތުކޮށް ސަރވިސްކޮށް ނިންމާފަ މިހާރު ވާނީ" ޝާހިދު ވިދާޅުވިއެވެ.

ހަމަ އެއާއި އެކު ރޯދަމަހު މުދާ ކްލިއަރ ކުރުމަށް ހާއްސަ ޓާސްކް ފޯސްއެއް އެމްޕީއެލްއިން އެކުލަވާލައފިއެވެ. މުދާ އައުމާއި އެކު މި ޓާސްކް ފޯސް މެދުވެރިކޮށް އެ މުދާ ބާލާ، ކްލިއަރކޮށް، މުދަލުގެ ވެރިފަރާތަށް ރައްދު ކުރުމުގެ މަސައްކަތް ކުރަމުން ދާނެއެވެ. މުދާ ކްލިއަރ ކުރުމުގައި އެމްޕީއެލްގެ މުވައްޒަފުން ރޯދަމަހު ގިނަ ވަގުތު ތަކެއް ހޭދަ ކުރާނެއެވެ. 
އަނެއް ކޮޅުން ރޯދަމަހު މަސައްކަތް ކުރާ ގަޑިތަކަށް ބަދަލު ތަކެއް އާދެއެވެ. ރޯދަމަހު މުދާ ކްލިއަރ ކުރުމަށް ގިނަ ވަގުތުތައް އެމްޕިއެލް މުވައްޒަފުން ހޭދަކުރިޔަސް އާންމުކޮށް މަސައްކަތް ނުކުރާ ގަޑިތަކަކެއް ވެސް ހަމަޖެހިފައި އޮވެއެވެ. ރޯދަ ވީއްލާ ގަޑިން ފެށިގެން ތަރާވީސް ގަޑިއަށް އެމްޕީއެލްގައި މުދާ ކުލިއަރ ނުކުރާނެއެވެ. 
ރޯދަމަހު ގެނެވޭ ކާބޯތަކެތި ހިޔާ ސަރަހަދެއްގައި ބެހެއްޓުމަށް ވަގުތީ ޝެޑްތަކެއް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި ގާއިމްކޮށް  ސަރަހައްދީ އެހެން ވިޔަފާރި ބަނދަރު ތަކުގައި ވެސް މިފަދަ ތައްޔާރީތައް ވެފައި އޮންނާނެއެވެ.

]]>
Tue, 28 Feb 2023 17:23:15 +0500 ހީރަސް
ސްޓެލްކޯއިން ސެޓިފައިޑް ޓްރެއިނިންގ ޕްރޮގްރާމެއް https://heerasnews.com/1082 https://heerasnews.com/1082 ހައި ވޯލްޓޭޖާއި މީޑިއަމް ވޯލްޓޭޖް ކޭބަލް އެޅުމާއި ގުޅުމާއި ކެނޑުމުގެ ސެޓިފައިޑް ޓްރެއިނިންގ ޕްރޮގްރާމެއް ސްޓެލްކޯއިން ޓެކްނިކަލް މުއައްޒަފުންނަށް ހިންގައިފިއެވެ.

ޓްރެއިނިން ކުރިއަށް ގެންގޮސްފައި ވަނީ އެ ކުންފުނީގެ ސާވިސް ސެންޓަރާއި ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގެ އިތުރުން އަތޮޅުތެރޭގެ އިންޖީނުގެތަކުގައި މަސައްކަތް ކުރަމުންދާ ޓެކްނިކަލް މުވައްޒަފުންނަށް ހާއްސަކޮށްގެންނެވެ. 

ޔޫއޭއީގެ އިންޓަނޭޝަނަލް ސެންޓަ ފޯ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓްގެ ޓްރެއިނަރެއްގެ އެހީތެރިކަމާ އެކުގައި ހިންގި މި ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ލިޔުން ދެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.

ސްޓެލްކޯއަކީ ފޯރުކޮށްދޭ ހިދުމަތްތަކަކީ ފެންވަރު ހުރި ހިދުމަތަތްތަކަކަށް ހެދުމަށް ދޭތެރެ ދޭތެރެއިން މުއައްޒަފުންނަށް ތަމްރީނު ޕްރޮގްރަމްތައް ހިންގާ ޒިންމަދާރު ކުންފުންޏެކެވެ. ސްޓެލްކޯ އިން ވަނީ އދ. އަތޮޅުގެ އިންޖީނުގެތަކުގައި މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކަސްޓަމަރ ސާވިސް ޓްރެއިނިން ޕްރޮގްރާމެއް ބާއްވާފައެވެ.

]]>
Sun, 26 Feb 2023 15:53:49 +0500 ހީރަސް
އެސްޓީއޯ: ވައިކަރަދޫ ކަޅުކަރާ https://heerasnews.com/1081 https://heerasnews.com/1081 ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތަކަށް ބާޒާރު ހޯދާދިނުމަށް އެސްޓީއޯއިން ގާއިމްކުރި އެގްރިސެންޓަރއަކީ ވަރަށް ކާމިޔާބު މަރުކަޒެކެވެ. ރާއްޖޭގެ ތަފާތު އެތައްރަށެއްގައި އިންދާ ހައްދާ ކާބޯތަކެތީގެ ބާވަތްތައް އެގްރިސެންޓަރަށް ގަނެ އެތަކެއްޗަށް ބާޒާރު ހޯދާދިނުމުގައި ކުރިއެރުންތަކެއް ދަނީ ހޯދަމުންނެވެ. އެގޮތުން ރަށްރަށުގައި އުފައްދާ ތަކެތި ތާޒާކަމާއެކު އެގްރިސެންޓަރުން ގަންނަން ލިބެން ހުރެއެވެ. 

މިއަދު އެގްރިސެންޓަރގައި އެހުރީ ހދ. ވައިކަރަދޫން ލިބިފައިހުރި ކަޅުކަރަލެވެ. ފިސާރި އަގު ހެޔޮކޮށެވެ. ފަސްކިލޯއަށް ވުރެ ގިނައިން ކަރާ ގަންނަ ފަރާތްތަކަށް ހޯލުސޭލްކޮށް ވައިކަރަދޫ ކަޅުކަރާ އެގްރިސެންޓަރުން މިއަދު އެބަހުއްޓެވެ. 

އަނެއް ކޮޅުން ވައިކަރަދޫގެ ތާޒާ ލެޓިއުސް ފަތް ހޯލްސޭލްކޮށް މިއަދު އެގްރިސެންޓަރުން ލިބެން އެބަހުއްޓެވެ. ފަސްކިލޯއަށް ވުރެ ގިނައިން ނަގާ ފަރާތް ތަކަށް -/42 އަށް ވައިކަރަދޫ ލެޓިއުސް ކިލޯއެއް ލިބެއެވެ. 

ބޭނުންފުޅު ނަމަ 3012640 އަށް ގުޅުއްވާލައްވައި ގެންނާއި 7291130 ވައިބާރ ކޮށްލައްވައިގެން އޯޑަރކޮށް ލެއްވޭނެއެވެ.

]]>
Sun, 26 Feb 2023 15:00:28 +0500 ހީރަސް
އެސްޓީއޯ އިންޓަރނޭޝަނަލް ޓްރޭޑަށް https://heerasnews.com/1080 https://heerasnews.com/1080 އެސްޓީއޯ އިންޓަރނޭޝަނަލް ޓްރޭޑަށް ވަނުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން ދިވެހިންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ފަހިވެގެން ދާނެއެވެ.

ގަލްފް ފުޑް އެކްސްޕޯގައި ގާއިމްކުރި އެސްޓީއޯގެ ސްޓޯލްއަކީ ދިވެހި ބައެއް އުފެއްދުންތައް ދައްކާލާ ދިވެހިން އުފައްދާ ތަކެތި ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ފަހިވެގެން ދިޔަކަމެކެވެ. އެސްޓީއޯ ދުނިޔޭގެ ބާޒާރަށް ނިކުތުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި އުފެއްދުން ތަކަށް ބޭރު ދުނިޔޭގައި ބާޒާރު ހޯދުމެވެ.

އެސްޓީއޯއިން ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވެ  ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް އާއި ޗޮއިސް ކަޕްނޫޑްލް އާއި ޗޮއިސް ބާސްމަތީ ހަނޑުލާއި ޗޮއިސް ސަންފްލާވަރ އާއި ޗޮއިސް ވެޖިޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ވަނީ ތައާރަފްކޮށްފައެވެ.

ފެބްރުއަރީ މަހުގެ 20 އިން 24 އަށް ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދިޔަ ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯ ބައިވެރިވުމުގެ މަގުސަދަކީ އެސްޓީއޯއާއި މިފްކޯއިން ވިއްކާ ބްރޭންޑް ތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުމެވެ. މިފެއަރގައި 125 ގައުމަކުން 5000 އަށްވުރެ ގިނަ ކުންފުނި ބައިވެރިވިއެވެ.

]]>
Sun, 26 Feb 2023 14:35:10 +0500 ހީރަސް
އެސްޓީއޯ ރޯދަ މާރޓް https://heerasnews.com/1067 https://heerasnews.com/1067 ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވުމަށް ނިންމައިފިއެވެ. ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ހުޅުވާ ފިހާރަ ހުންނާނީ ދެވަނަ ފިޔަވަހީ ވިނަރެސް ފްލެޓުގައެވެ. 

ރޯދަ މަސް ފެށުމުގެ ކުރިން އެސްޓީއޯ ރޯދަ މާޓް ހުޅުމާލެ ފޭސް 2 ގައި ހުުޅުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އެބަދެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހެޔޮ އަގުގައި ތަކެތި ނުލިބުމުގެ ޝަކުވާތަކަށް އެފިހާރަ ހުޅުވުމުން ނިމުން އަންނާނެއެވެ. އެސްޓީއޯ އިން ދެވަނަ ފިޔަވަހީގެ ހުޅުވާ މި ފިހާރައަކީ ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު ކޮންޓްރޯލްކޮށް ހިފެހެއްޓުމަށާއި ހުޅުމާލޭގައި މި ވަގުތު ހުރި އެސްޓީއޯ ފިހާރަ ބަނދުވުމާއި ގުޅިގެން ހުޅުވާ ފިހާރައެކެވެ. 

އަންނަ މާރޗް މަހުގެ ނިމުމަކާ ހަމާގައި އެ ފިހާރަ ހުޅުވިގެން ދާނޭ ކަމަށް އުންމީދު ކުރެވެއެވެ. ހުޅުމާލެ ފޭސް 2 ގައި ހުުޅުވާ އެސްޓީއޯ ރޯދަ މާޓްއިން ރީޓެއިލް ހިދުމަތާއި ހޯލްސޭލް ހިދުމަތް ވެސް ލިބެން ހުންނާނެއެވެ. އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތަކާއި ރޯދަމަހަށް ހާއްސަކޮށްގެން އެތެރެ ކުރެވޭ ފިޔާ، އަލުވި، ބިސް ފަދަ އައިޓަމްތައް ލިބޭނެ އިންތިޒާމް އެސްޓީއޯ ރޯދަ މާޓްގައި ހަމަޖެހިފާ ހުންނާނެއެވެ. 

]]>
Tue, 21 Feb 2023 13:40:22 +0500 ހީރަސް
މުލަކުގައި ތެޔޮ މަރުކަޒެއް ހެދުމަށް މަޝްވަރާ ކުރުން https://heerasnews.com/1060 https://heerasnews.com/1060 ރައްޔިތުންނަށް ފަސޭހައިން ތެޔޮލިބޭނޭ ހުރިހާ އިންތިޒާމްތަކެއް އެފްއެސްއެމުން އަންނަނީ ހަމަޖައްސަމުންނެވެ. އެގޮތުން ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަމަހަމަ ސިޔާސަތުގެ ތެރެއިން ފަސޭހައިން ހެޔޮ އަގުގައި ތެޔޮ ލިބޭނޭ އިންތިޒާމް ރާއްޖޭގެއެކި ކަންކޮޅުތަކުގައި އެފްއެސްއެމުން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން މ. މުލަކުގައި ތެޔޮ މަރުކަޒެއް ހެދުމުގެ މަޝްވަރާ ބައްދަލުވުމެއް މުލަކު ކައުންސިލްއާއި އެކު އެފްއެސްއެމުން މިއަދުވަނީ ބާއްވާފައެވެ. މި ބައްދަލުވުމަކީ ވަރަށް އަވަހަށް ނަތީޖާ ފެނިގެންދާނެ ކާމިޔަބު ބައްދަލުވުމެކެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށް ގެނެވޭ ހެޔޮ ބަދަލުގެ ތެރެއިން ކިރުވާ މަހަށް ލިބެންޖެހޭ ފައިސާ އަޅާ ކެނޑުމެއް ނެތި ހަމަޔަށް ލިބޭނެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސަމުން ގެންދާތާ ވެސް ދުވަސް ކޮޅެއް ވެއްޖެއެވެ. އެގޮތަށް ހަމަޖެހިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެކެވެ. ކުރިން މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް ފައިސާ ލިބެނީ ތެލަށް ކަނޑާފައެވެ. ތެލަށް ނުކަނޑާ މަސްވެރިންނަށް ކިރާ މަހުގެ ފައިސާ ލިބިގެންދާ ގޮތަށް މިފްކޯއަށް މަސްގަތުމުގެ އޮޕަރޭޝަނަށް ހެޔޮ ބަދަލެއް މިހާރު އޮތީ ގެނެސްފައެވެ. 

މިފްކޯއާއި އެފްއެސްއެމްއާއި ގުޅިގެން ގެނެވުނު ހެޔޮ ބަދަލުން މަސްވެރިންނަށް ވަރަށް މަންފާ ކުރެއެވެ. ޒަމާނުއްސުރެ ކިރުވާ މަހަށް މަސްވެރިންނަށް ފައިސާ ލިބެނީ ތެޔޮ ބިލަށް ކެނޑުމަށް ފަހު ބަކީ އޮންނަ އެއްޗެކެވެ. މިފްކޯއާއި އެފްއެސްއެމްއާއި ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުން ކްރެޑިޓް ސްކީމެއްގެ ތެރެއިން މަސްވެރިންނަށް އެފްއެސްއެމުން ސަބްސިޑަރީ އަގަކަށް ތެޔޮ ފޯރުކޮށްދެމުން މިހާރު ދެއެވެ.

"ފަހި ހަކަތަ" ޕްރޮގްރާމް ފެށުމުގެތެރެއިން (ފައިލް ފޮޓޯ)

މަސްވެރިންނަށް ސަބްސިޑަރީ ރޭޓެއްގައި ކްރެޑިޓަށް ތެޔޮ ފޯރުކޮށް ދެމުންދަނީ "ފަހި ހަކަތަ" ނަމުގައެވެ."ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިވެ ރަޖިސްޓްރީވާ ކޮންމެ މަސްވެރި އުނޅަދަކަށް ވެސް ސަބްސިޑަރީ ރޭޓެއްގައި އެފްއެސްއެމުން ތެޔޮ ފޯރު ކޮށްއެވެ. "ފަހި ހަކަތަ" ކްރެޑިޓް ފެސިލިޓީ ބިނާވެގެން ދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑި ވެރިއާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށެވެ. މަސްވެރިންގެ ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވެ ހިނގައި ގަތުމުން މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައި އިންނަނީ ސީދާ އެފްއެސްއެމްއަށެވެ.

]]>
Sun, 19 Feb 2023 20:15:25 +0500 ހީރަސް
މާބައިދޫގައި ފެނަކައިން އައިސް ޕްލާންޓެއް ގާއިމު ކުރަނީ https://heerasnews.com/1059 https://heerasnews.com/1059 ފެނާއި ނަރުދަމާއާއި ކަރަންތްގެ ހިދުމަތްދޭ ކުންފުނި ފެނަކައިން އަނެއްކާ ވެސް އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގަން އެއްބަސް ވެއްޖެއެވެ. ‏ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑން ހަވާލު ވީ މިއަދުއެވެ.

މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް ހިންގުމަށް އެއްބަސްވެވުނީ ފެނަކަ ކޯރޕަރޭޝަންއާއި  މާބައިދޫ ކައުންސިލްއާއި ދމެދުއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސް ވުމުގައި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ. މާބައިދޫގައި އައިސް ޕްލާންޓު ތަރައްގީކުރުމުގެ މަސައްކަތް ހަ މަސްތެރޭގައި ފެނަކައިން ނިންމާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްވެސް ގާއިމްކޮށް ހިދުމަތް ފެނަކަ ކޯޕަރޭޝަނުން އަންނަނީ ދެމުންނެވެ. 

]]>
Sun, 19 Feb 2023 16:49:59 +0500 ހީރަސް
ސްޓެލްކޯ ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމް https://heerasnews.com/1057 https://heerasnews.com/1057 ފެންވަރު ހުރި ރަގަޅު ހިދުމަތް ފޯރުކޮށް ދިނުމަކީ ކަސްޓަމަރުންގެ އިތުބާރު އިތުރުވެ ދެވޭ ހިދުމަތަށް ކަސްޓަމަރުންގެ ޔަގީންކަން ބޮޑުވެގެން ދާނޭ ކަމެކެވެ. އަގުހެޔޮ ލުއިފަސޭ ހަ ހިދުމަތަކަށް ދެވޭ ހިދުމަތް ހެދުމަށްޓަކައި ކުރެވޭ މަސައްކަތާ އެއްވަރަށް ހިދުމަތް ފޯރުކޮށްދޭން ތިބޭ މުއައްޒަފުންނަކީ ކަސްޓަމަރުންނާ ރަހުމަތްތެރި ހިތްހެޔޮ ހިއްތިރި އޯގާތެރި ބަޔަކަށް ވާންޖެހެއެވެ.

ހިދުމަތް ދިނުމުގައި ހިންގުން ހަރުދަނާކޮށް ތަސައްވުރަށް ވާސިލުވުމުގައި މުއައްޒަފުންގެ ދައުރު ބޮޑެވެ. އެންމެ ކުދިކުދި ކަންކަމުން ފެށީގެން އެންމެ ބޮޑެތި ކަންކަން ކުރުމުގައި މުއައްޒަފުންނަކީ އުފެއްދުންތެރި ރަހުމަތްތެރި ހަލުވި ބަދަހި ގުޅުމެއްގެ ވެރި ބަޔަކަށް ވާންޖެހެއެވެ. އިސްވެ ދެންނެވި އަމާޒަށް ވާސިލު ވެވޭނީ ހަމަ ހުރެފައެއް ނޫނެވެ. މީހުން މީހުނަށް ހަދައިގެނެވެ. މީހުން މީހުނަށް ހެދުމުގައި ސްޓެލްކޯއަކީ ނަމުނާ ކުންފުންޏެކެވެ.

މެނޭޖިންގ ޑީރެކްޓަރ އަހުމަދު ޝަރީފް އަމާޒު ހިއްޕަވަފައި ވަނީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮކަން ސްޓެލްކޯއިން ދެވޭ ހިދުމަތުން ވެސް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށެވެ. ހިދުމަތަށް ނެގޭ އަގުން ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށް ދީގެން ކޮންމެ މިހަކަށްމެ ބޭނުންވާ މިންވަރަށް ހިދުމަތް ދިނުމަށެވެ. ހިދުމަތުގައި ތިބޭ މުއައްޒަފުންގެ އޯގާތެރިކަމާއި ކަސްޓަމަރ ކެއާރއިން ރައްޔިތުން ހިނިތުން ކުރުވުމަށެވެ.  

އަތޮޅުތެރޭ އިންޖީނުގެ ތަކުގެ ހިންގުން މިހާރަށް ވުރެވެސް އިތުރަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން މެދުނުކެނޑި އެ ކުންފުނިން ކުރެއެވެ. ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތް ހުއްޓުމެއް ނެތި ސްޓެލްކޯއިން ކުރެއެވެ. މުއާމަލާތް ކުރުމުގައި ގެންގުޅޭނެ ހަރުދަނާ އުސޫލުތަކަށް މުއައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރުމުގައި އިހުތިސާސްގައި ހިމެނޭ ވަކިރަށެއް ވަކިތަނެއް ތަފާތެއް ނުކުރެއެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި އދ. އަތޮޅުގެ ސްޓެލްކޯ މުވައްޒަފުންނަށް ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގީ ވެސް އެ އަމާޒަށް ވާސިލު ވުމަށެވެ. އދ. އަތޮޅުގައި ހިންގި ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމްގެ ސަބަބުން ސްޓެލްކޯ މުވައްޒަފުން ކަސްޓަމާރ ސާވިސްއަށް ކުރިއަށް ވުރެ އަހުލުވެރިވެ އެ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު މަތިވެ ހިންގުން އިތުރަށް ހަރުދަނާ ވެގެން ދާނެއެވެ. 

]]>
Sun, 19 Feb 2023 14:13:28 +0500 ހީރަސް
އެސްޓީއޯގެ 578 އެޖެންޓުން https://heerasnews.com/1038 https://heerasnews.com/1038 ރާއްޖޭގެ ރަށްރަށުން ކާޑު ހުސްނުވެ ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުމަކީ އެސްޓީއޯގެ ފުރަތަމަ އަމާޒެވެ. ހުރިހާ ކަމަކަށްވުރެ އިސްކަން އެސްޓީއޯއިންދޭ ކަމަކީވެސް އެއީއެވެ. ރަށްރަށަށް ކާޑު ފޯރުކޮށް ދިނުމުގައި 578 އެޖެންޓުން މުޅި ރާއްޖޭގައި ހަރަކާތްތެރިވެއެވެ.

މިއަހަރު ޖެނުއަރީ މަހު މާލެ ސަރަހައްދުން ލިބުނު 1601 އޯޑަރަށް ކާޑުގެ ބާވަތްތައް ފޯރުކޮށް ދިނެވެ. އަނެއް ކޮޅުން އެސްޓީއޯގެ 9 ރީޖަނަލް ފިހާރައަށް ވެސް ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ ހަކުރު ފުށް ފޯރުކޮށްދީގެން މުޅިރާއްޖޭގެ ހުރިހާ ހިސާބަކުން ދަތިކަމެއް ނެތި ކާޑު ލިބޭނެގޮތް ޖެނުއަރީ މަހުވެސް ހަދާދިނެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 24152 ބަސްތާ ހަނޑުލާއި، 7893 ބަސްތާ ހަކުރާއި, 19595 ބަސްތާ ފުށް ރީޖަނަލް ފިހާރަތައް މެދުވެރިކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ކާޑުގެ ލިއްބައިދިނެވެ. ޖުމްލަކޮށް ހުސްވި ޖެނުއަރީ މަހު އެކަނިވެސް އެސްޓީއޯއިން ރާއްޖޭގެ ކަންކޮޅު ތަކަށް 89909 ބަސްތާ ކާޑު ފޯރުކޮށްދީފައިވެއެވެ.

]]>
Tue, 14 Feb 2023 10:13:09 +0500 ހީރަސް
އެސްޓީއޯ : ރަށްރަށުގެ ތަރައްގީގެ ބައިވެރިޔާ https://heerasnews.com/1023 https://heerasnews.com/1023 ރަށްރަށުގެ ތަރައްގީގައި އެސްޓީއޯގެ ބައިވެރިވުން ދެވޭނެ ގޮތްތަކަކީ ކޮބައިތޯ އެސްޓީއޯއިން ބަލައެވެ. ކޮށްދެވެން ހުންނަ ކަންކަން ކޮށްދެއެވެ. ރަށުގެ ތަރައްގީގައި އެސްޓީއޯގެ ބައިވެރިވުން އެދޭ ރަށްރަށަށް ވެދެވެން އޮންނަ އެންމެ ބޮޑަކަށް އެހީތެރިވެދީ އެސްޓީއޯގެ ބައިވެރިވުން ރަށްރަށަށް ދަނީ ދެމުންނެވެ.

ގއ. ދާންދޫ ކައުންސިލާއެކު އެސްޓީއޯ

އަނެއްކޮޅުން ރަށްރަށުގައި އެސްޓީއޯއަށް ފުރުސަތުތަކަކީ ކޮބައިތޯ ބަލާ ވީހާވެސް ފުޅާ ދާއިރާއެއްގައި ރަށްރަށުގައި އެސްޓީއޯގެ ބައިވެރިވުމާ ކުރިއެރުން ހޯދުމަކީ އަމާޒެކެވެ. ރަށްރަށުގެ ވަޒަންވެރިންނަށް ވީހާވެސް ފާގަތި ފުރުސަތެއް އެސްޓީއޯ މެދުވެރިވެގެން ހޯދާ ދިނުމަކީ އެސްޓީއޯގެ މަގުސަދެކެވެ.

ޝައުގުވެރިކަން ހުންނަ ރަށުކައުންސިލްތަކާ އެކު ވަކިވަކި ބައްދަލުވުންތައް ބާއްވާ ފުޅާ ދައިރާއެއްގައި މަޝްވަރާތައް ކުރެވެއެވެ. އެ ގޮތުން ދެރަށެއްގެ ކައުންސިލާއެކު މިއަދު ވެސް މަޝްވަރާތަކެއް އެސްޓީއޯގައި އޮތެވެ.

ތ. ހިރިލަންދޫ ކައިންސިލާއެކު އެސްޓީއޯ

ވަކިވަކިން ބޭއްވި މަޝްވަރާ ބައްދަލުވުންތައް އޮތީ އެސްޓީއޯ ހެޑް އޮފީހުގައެވެ. މަޝްވަރާ ކުރެވުނީ ތ. ހިރިލަންދޫ ކައިންސިލާއި ގއ. ދާންދޫ ކައުންސިލާއެކުގައެވެ. 

]]>
Thu, 09 Feb 2023 17:41:27 +0500 ހީރަސް
ސްޓެލްކޯއާއި ސީ.އޯ.އައި.އައިގެ ބައްދަލުވުމެއް https://heerasnews.com/1018 https://heerasnews.com/1018 ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަތީފާއި އެ ކުންފުނީގެ ބައެއް އިސްވެރިން މިއަދު ވަނީ ކޮންފަޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީގެ ވިޔަފާރިވެރިންގެ ވަފްދަކާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި އިޔާދަ ކުރެނިވި ހަކަތައާއި ފެނާއި ނަރުދާމާގެ ދައިރާއިން ހުރި ފުރުސަތުތަކާ ބެހޭގޮތުން ފުޅާ ދައިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކުނި މެނޭޖްކުރުމުގެ ދާއިރާއިން ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ. 

]]>
Wed, 08 Feb 2023 22:30:09 +0500 ހީރަސް
އެމްޕީއެލްގެ ކާމިޔާބީ: ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމް https://heerasnews.com/987 https://heerasnews.com/987 އިންސާނީ ވަސީލަތް ބޭނުންވާ މުހިންމު ދައިރާ ތަކުން މީހުން ބިނާ ކުރުމަކީ މޯލްޑިވް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެކެވެ. އެމްޕިއެލްގެ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމުގައި 10 މީހަކު ތަމްރީނުކޮށް ސެޓިފިކެޓް ދިނުމަކީ އެ ގޮތުން އެމްޕީއެލް ހޯދި ބޮޑު ކާމިޔާބެކެވެ. އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންނަށް އެ ކުންފުނީގައި ހުރި ވަޒީފާތަކުގެ މައުލޫމާތު ދީ އެ ވަޒީފާތަކަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

އިންޓާންޝިޕް ޕްރޮގްރާމު ފުރިހަމަ ކުރި 10 ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. ރަސްމިއްޔާތުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވި ގޮތުގައި ތައުލީމީ ގާނޫނު ވުޖޫދުވުމާ ގުޅިގެން އެންމެ ބޮޑަށް ފޯކަސް ކުރާ ކަމަކީ މަސައްކަތްތެރިކަން ރަސްމީ ކަރިކިއުލަމްގެ ތެރެއިން ވެސް ދަސްކޮށް ދިނުމެވެ. މިގޮތަށް އިންޓާންޝިޕް ތަކުގައި ދަރިވަރުން ބައިވެރި ކުރުވުމަކީ އޭގެ އެއްބައިކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ދަރިވަރުން ހަމައެކަނި ކިޔެވުމަށް ހުސްނުކޮށް މިކަހަލަ އަމަލީ މަސައްކަތްތަށް ދަރިވަރުންނަށް ފަހިކޮށް ދިނުމަށް ބެލެނިވެރިން ކިބައިން އެދިވަޑައިގެންނަވަމުން މިފަދަ ފުރުސަތެއް ފަހިކޮށް ދެއްވި ކަމަށްޓަކައި އެމްޕީއެލް އަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. ރަސްމިއްޔާތަށް ފަހު އިންޓާންޝިޕް ޕްރޮގްރާމުގެ ބައިވެރިންގެ މަސައްކަތް ދައްކައިދޭ ޕޯޓްފޯލިއޯއެއް ވެސް މިނިސްޓަރ ބައްލަވަ ލެއްވިއެވެ. 

އިންޓާންޝިޕް ފުރިހަމަ ކުރި 10 މީހުން:

  • މާކެޓިން ފޮޓޯގްރަފީ: ހައިމަން ފިކުރީ
  • މާކެޓިން ފޮޓޯގްރަފީ: މަރިޔަމް އުޔޫން އަހުމަދު ވަސީމް
  • އައިޓީ ވެބް ޑިވެލޮޕިން: ޒެނީޝާ ފަތުހީ
  • ސިވިލް އިންޖިނިއަރިން އޮޓޯކޭޑް ޑްރޮވިން: ރައްޒާން އަހުމަދު އަބްދުލް ރައްޒާގް
  • އިލެކްޓްރިކް އިންޖިނިއަރިން: އަލީ ލުޖައިން
  • ސާވޭ އިން ޔޫސިން އޮޓޯ ލެވެލް: އިސްމާއިލް އަޒްހާން އަހުމަދު
  • އައިޓީ ޑިވެލޮޕްމަންޓް: މުހައްމަދު އިޒްދާން އިމްދާހް
  • ބޭސިކް ހައުސް ހޯލްޑް ވައިލިން: އާދަމް އައިން މުހައްމަދު
  • މެޝިނިން އެންޑް ފެބްރިކޭޝަން: އަހުމަދު ޔަނާލް ރަމީޒް 
  • މެޝިނިން އެންޑް ފެބްރިކޭޝަން: އާޔަން އަހުމަދު ޝަނީޒް
]]>
Thu, 02 Feb 2023 11:11:24 +0500 ހީރަސް
ސްޓެލްކޯއިން އަނެއްކާވެސް އައު އިސްނެގުމެއް https://heerasnews.com/983 https://heerasnews.com/983 އާމްދަނީއެއް ނުލިބޭފަދަ އިޖުތިމާއީ ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ އަގު ކުޑަކުރުމަށް، ސްޓެލްކޯއިން މިހާރު ވަނީ ނިންމާފައެވެ. އިޖުތިމާއީ ހިދުމަތަށް ނެގޭ އަގު ކުޑަކުރަނީ ކަރަންޓު ޓެރިފްގެ ތެރެއަށް "އިޖުތިމާޢީ ކެޓަގަރީ"އެއް އިތުރު ކޮށްގެންނެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވާ ގޮތުގައި އާއްމު އިޖުތިމާޢީ ހިދުމަތްތައް ދޭ ތަންތަން މިހާރު ކެޓަގަރީ ކުރަނީ ވިޔަފާރި ޓެރިފްގެ ތެރެއިންކަމަށެވެ. ވިޔަފާރި ޓެރިފަކީ، ގޭބިސީތަކުން ނަގާ އަގަށްވުރެ ބޮޑުކޮށް އަގު ނަގާ ޓެރިފެކެވެ. އެހެންކަމުން އާއްމު ހިދުމަތްތައް ދޭ ތަންތަން ނުވަތަ، އެއްވެސް އާމްދަނީއެއް ނުލިބޭގޮތަށް ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ސްޓެލްކޯގެ ވިސްނުން މިހާރު ބަހައްޓާފައިވަނީ އާމްދަނީ ނުލިބޭ، އާއްމު ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ ފީއަށް ބަދަލު ގެނައުމަށެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ކޮށްގެން އެބަދަލު ވަރަށް އަވަހަށް ގެނައުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްޓެލްކޯގެ ހީވާގި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅިވާ ގޮތުގައި މިސްކިތްތަކާއި ފުޓުބޯޅަ ދަނޑުތަކާއި މަގުތައް އަލިކުރުން ފަދަ މިކަންކަމަކީ އެއިން އާމްދަނީއެއް ލިބޭ ކަންކަމެއް ނޫނެވެ. އެހެންވީމާ މި ދާއިރާތަކަށް ޚާއްސަކޮށް "އިޖުތިމާއީ ކެޓަގަރީ"އެއް އުފެއްދުމަށް ޝަރީފަށް ފެނިވަޑައިގަތީއެވެ. އެކަމަށް މަޝްވަރާ ކުރަމުން ފެށީއެވެ. ޝަރީފު ވިދާޅުވާ ގޮތުން މިހާރު އެތަން ތަނަކީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް އަދި ގެސްޓް ހައުސް ފަދަ ވިޔަފާރިތަކާއި އެއްހަމައެއްގައި އަގު ނަގާ ތަންތަނެވެ.

ސްޓެލްކޯއިން ކަރަންތް ޓެރިފަށް ގެންނަން ނިންމާ މި ހެޔޮ ބަދަލަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އިޖުތިމައީ ޒިންމާގެ ދަށުން ސްޓެލްކޯއިން ނަގާ އިސްނެގުމެކެވެ. މާލެ ސިޓީގައި ވިޔަފާރި ތަކުގެ ކަރަންޓު ބޭންޑުގެ 300 ޔުނިޓުން ފެށިގެން 10000 ޔުނިޓާ ދެމެދުގެ އަގު އުޅެނީ، 3.65 ރުފިޔާއާއި 5.75އާއި ދެމެދުއެވެ. އަދި އަތޮޅުތަކުގައި 300 ޔުނިޓުން މަތީގެ ކޮންމެ ޔުނިޓަކަށް 6 ރުފިޔާ ނަގައެވެ.

]]>
Wed, 01 Feb 2023 15:19:38 +0500 ހީރަސް
އެމްޕީއެލް މަސައްކަތް ރޯދަމަހު ހަލުވިވާނެ! https://heerasnews.com/956 https://heerasnews.com/956 ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު ގިނަ އަދަދެއް މުދާ އެތެރެކުރަންޖެހި އެމްޕީއެލްއަށް ބާރުބޮޑުވެއެވެ. އެބުރަ ލުއިކުރުމަށް އެމްޕީއެލްއިން މުޅިން އަލަށް 4 ރީޗް ސްޓެކަރ ގެނެސްފިއެވެ.

އޮޕަރޭޝަންތައް އަވަސްކުރުމަށްޓަކައި އަލަށް ގެނައި ހަތަރު ރީޗް ސްޓެކަރ ބޭނުން ކުރަން ފެށުމުން  40 ފޫޓުގެ ކޮންޓެއިނަރ ފުލް ލޯޑްގައި ލޭންޑިންގ ކްރާޕްޓްތަކަށް ލޯޑްކޮށްގެން މާލޭގެ ޕޯޓާއި ހަމައަށް ގެނެވޭނެއެވެ.

އާންމު ގޮތެއްގައި ރާއްޖެ ގެންނަ މުދަލުގެ ބޮޑު ބަޔަކީ ކެއިންބުއިމަށް ބޭނުންކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށް ވާތީ ހެނދުނު 9:00 ފެށިގެން ދަންވަރާ ހަމައަށް ހުއްޓާނުލާ ރޯދަމަހު ވެސް އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަންޖެހެވެ.

އަލަށް ބޭނުންކުރަންފަށާ ހަތަރު ރީޗް ސްޓެކަރ ބޭނުންކުރަން ފެށުމުން އެމްޕީއެލްގެ މަސައްކަތުގެ ހަލުވިކަން އެތައް ތަނަކުން ބޮޑުވެގެން ދާނެއެވެ.

]]>
Thu, 26 Jan 2023 11:13:31 +0500 ހީރަސް
އެސްޓީއޯ: ފަސްދުވަހުގެ މަސައްކަތް ފަސްގަޑިއިރަށް https://heerasnews.com/931 https://heerasnews.com/931

ދުނިޔޭގެ ވިޔަފާރީގެ ތެރެއަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ވަންނަމުން ދާއިރު ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނި ތަކުން ބޭނުން ކުރަމުން އަންނަ ހުރިހާ ފަސޭހައެއް އެސްޓީއޯގައި ގާއިމު ކުރުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރެވެމުންނެވެ. ދުނިޔޭގެ މަޝްހޫރު ގިނަ ކުންފުނި ތަކެއްގައި ބޭނުން ކުރެވޭ ޕްރޮކިއުމަންޓް ނިޒާމެއް އެސްޓީއޯއިން އަލަށް ތައާރަފްކުރީ ދުނިޔޭގެ ފެންވަރުގައި އެސްޓީއޯ ފައިހަމަ ކުރުމަށެވެ.

ޕްރޮކިއުމަންޓްގެ މަސައްކަތަށް ހާއްސަ ސޮފްޓްވެއަރއެއް ކަމުގައިވާ އެސްއޭޕީ އަރީބާ އެސްޓީއޯގައި ތައާރަފް ކުރުމުން ކުރިން ފަސް ދުވަހުން ކުރި މަސައްކަތް ފަސް ގަޑިއިރުތެރޭގައި ކޮށް ނިންމާލެވޭނެއެވެ. ކުރިން އެސްޓީއޯއިން ޕްރޮކިއުމެންޓްގެ ކަންކަމުގައި މުއާމަލާތް ކުރަމުން ދިޔައީ 2010ގައި ގާއިމުކުރި އީމެއިލްގެ ޒަރިއްޔާއިން މުއާމަލާތު ކުރެވޭ ނިޒާމަކުންނެވެ. އަލަށް ތައާރަފްކުރި އެސްއޭޕީ އަރީބާ ނިޒާމުން ޕްރޮކިއުމެންޓް ހުރިހާ މަސައްކަތެއް އެއް ޕްލެޓްފޯމަކުން ލިބިގެން ދާނެއެވެ.

ހުސްވި އަހަރު އެކަނި ވެސް އެސްޓީއޯއިން 15 ބިލިޔަން ރުފިޔާގެ ވިޔާފާރި މުއާމަލާތުގައި 10000 އަށްވުރެ ގިނަ ޕާޗޭސް އޯޑަަރު ހިމެނެއެވެ. އަނެއް ކޮޅުން 261 ޓެންޑަރ ހުޅުވާލާފައިވެއެވެ. މި ހުރިހާ ކަންކަން މެނުއަލްކޮށް ކުރަން ގިނަ ދަތިތަކާ ކުރިމަތިވިއެވެ. އަރީބާ އާ ކްލައުޑް ބޭސްޑް ސިސްޓަމާއެކު ސަޕްލަޔަރުންނާއި އެސްޓީއޯ ގުޅުވާލެވި އެސްޓީއޯއެކު ކުރެވޭ އެންމެހާ މުއާމަލާތް ލުއިފަސޭހަ ވެގެން ދާނެއެވެ.

އަރީބާ ޕްލެޓްފޯމަކީ އެ ވަސީލަތް މެދުވެރިކޮށް ބިޑްތަކަށް ކުރިމަތިލެވި ބިޑްތަކުގެ ސްޓޭޓަސް ވަގުތުން ވަގުތައް ބަލާލެވޭނެ ނިޒާމެކެވެ. މުދާ ގަންނަ ފަރާތް ތަކަށް މުދަލުގެ ސްޓޭޓަސް ވެސް ދަތިކަމެއް ނެތި ބެލެން ހުންނަ މި ނިޒާމުގެ ތެރެއިން އެއްބަސްވުން ތަކުގައި ސޮއިކުރުން ފަދަ އެތައް ލުއިފަސޭހަ ތަކެއް ލިބިގެން ދެއެވެ.

]]>
Fri, 20 Jan 2023 14:11:21 +0500 ހީރަސް
އެސްޓީއޯ ދުނިޔޭގެ ބާޒާރަށް https://heerasnews.com/913 https://heerasnews.com/913

ބޮޑެތި ކަންތައްތަކަށް އިންވެސްޓު ކުރުމަކީ އެސްޓީއޯގެ އަމާޒެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު އެންމެ އިސްކަން ދެއްވަނީ އާއްމުން ނުކުރާ ވިޔަފާރި އެސްޓީއޯއިން ކުރުމަށެވެ. އެގޮތުން މުހިން އެ ޒާތުގެ ވެރިޔަފާރިތައް ހޯދާ ތައާރަފްކޮށް ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް އެސްޓީއޯއިން ވަނީ ފަށާފައެވެ.

އެމެރިކާގެ ލަސް ވެގަސްގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ފެއަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ބައިވެރިވީ އެ މަގުސަދުގައެވެ.  ރާއްޖެއަށް ތައާރަފް ކުރެވިދާނެ ވިޔަފާރީގެ އައު ޓެކްނޮލޮޖީތަކުގެ މައުލޫމާތު ހޯދާ ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯއިން އެސްޓީއޯ ވަނީ ހޯދާފައެވެ. އެމެރިކާގެ ލަސް ވެގަސްގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ފެއަރ ކަމުގައިވާ ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯގައި މި އަހަރުު އެސްޓީއޯއާއި އެކު  173 ގައުމަކުން 3200 ކުންފުނިން ބައިވެރިވިއެވެ.

ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ކުރިއެރުވުމަށް މި ވަގުތު އެސްޓީއޯއިން ވަނީ އަމާޒު ހިފާފައެވެ. ސިއްހީ ހިދުމަތުގައި ބޭނުންކުރާ ތަކެތި ފޯރުވާދިނުމަށް ބޭނުން ކުރެވިދާނެ އަލާތާއި ނުކުޅެދުންތެރިންނަށް ހާއްސަވެފައިވާ އީޖާދީ އާލާތްތަކާއި ތިމާވެށީގެ ރޮނގުން ރާއްޖެއަށް ބޭނުންތެރި އައު ޓެކްނޮލޮޖީގެ މައުލޫމާތު ތެކް ފެއަރއިން އެސްޓީއޯ ދެނެގަތެވެ.

އިމާރާތްކުރުމުގެ ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރ ކަމަށްވާ "ބިގް 5" ގައިވެސް ދާދިފަހުން އެސްޓީއޯ ވަނީ ބައިވެރިވެފައެވެ. އެގްޒިބިޓަރެއްގެ ގޮތުގައި " ބިގް5" ގައި އެސްޓީއޯ ބައިވެރިވުމުގެ މަގްސަދަކީ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިކުރުމެވެ.


]]>
Sun, 15 Jan 2023 11:06:44 +0500 ހީރަސް
މަސްބިލުން ތެލަށް ކެނޑުން މާޒީގެ ތެރެއަށް https://heerasnews.com/884 https://heerasnews.com/884 މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށް ގެނެވޭ ހެޔޮ ބަދަލުގެ ތެރެއިން ކިރުވާ މަހަށް ލިބެންޖެހޭ ފައިސާ އަޅާ ކެނޑުމެއް ނެތި ހަމަޔަށް ލިބޭނެ އިންތިޒާމް ވެގެން ދިޔުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް ފައިސާ ލިބެނީ ތެލަށް ކަނޑާފައެވެ. ތެލަށް ނުކަނޑާ މަސްވެރިންނަށް ކިރާ މަހުގެ ފައިސާ ލިބިގެންދާ ގޮތަށް މިފްކޯއަށް މަސްގަތުމުގެ އޮޕަރޭޝަނަށް ހެޔޮ ބަދަލެއް ގެނައުމަކީ މަސްވެރިންނަށް ލިބިގެން ދިޔަ ބޮޑު ލުޔެކެވެ.

މިފްކޯއާއި އެފްއެސްއެމްއާއި ގުޅިގެން މި ގެނެވުނު ހެޔޮ ބަދަލަކީ މަސްވެރިންނަށް މަންފާ ކުރަނިވި އިންގިލާބީ ބަދަލެކެވެ. ޒަމާނުއްސުރެ ކިރުވާ މަހަށް މަސްވެރިންނަށް ފައިސާ ލިބެނީ ތެޔޮ ބިލަށް ކެނޑުމަށް ފަހު ބަކީ އޮންނަ އެއްޗެކެވެ. ތެލަށް ކެނޑުމަށް ފަހު ހުސްއަތާ ދާން ޖެހޭ ފަހަރު ވެސް މަސްވެރިންނަށް އައެވެ.

މިފްކޯއާއި އެފްއެސްއެމްއާއި ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުން ކްރެޑިޓް ސްކީމެއްގެ ތެރެއިން މަސްވެރިންނަށް އެފްއެސްއެމުން ސަބްސިޑަރީ އަގަކަށް ތެޔޮ ފޯރުކޮށްދެމުން ދާނެއެވެ. މަސްވެރިންނަށް ސަބްސިޑަރީ ރޭޓެއްގައި ކްރެޑިޓަށް ތެޔޮ ފޯރުކޮށް ދިނުމަށް "ފަހި ހަކަތަ" ނަމުގައި ހާއްސަ ޕްރޮގްރާމެއް އެފްއެސްއެމުން ވަނީ ތައާރަފް ކޮށްފައެވެ.

"ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިވެ ރަޖިސްޓްރީވާ ކޮންމެ މަސްވެރި އުނޅަދަކަށް ވެސް ސަބްސިޑަރީ ރޭޓެއްގައި އެފްއެސްއެމުން ތެޔޮ ފޯރު ކޮށްދޭނެއެވެ. "ފަހި ހަކަތަ" ކްރެޑިޓް ފެސިލިޓީ ބިނާވެގެން ދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑި ވެރިއާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށެވެ.

ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވެ ހިނގައި ގަތުމުން މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައި ވާނީ ސީދާ އެފްއެސްއެމްއަށެވެ. މަސްވެރިން ބާނާ މަސްގަތުމާއި މަސްވެރިންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ އޮޕަރޭޝަނަށް މިގެނެވޭ އިސްލާހީ ބަދަލާ ގުޅިގެން މަސްވެރިންނަށް އެ ފަރާތްތަކުން ބާނާ މާހުގެ ޖުމްލަ ފައިސާ ތެލަށް ނުކަނޑާ ލިބިގެންދާނެއެވެ.

އެސްޓީއޯގެ ހިދުމަތްތައް ޒަމާނީ ފެންވަރުގައި ލުއިފަސޭހަ ކަމާއެކު ދިނުމަށް މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ގެ ދުރު ވިސްނުންފުޅުގެ ދަށުން ސިސްޓަރ ކުންފުނިތަކުގެ ދައުރު ފުޅާކޮށް ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްގޮތަށް އިންތިޒާމު ވަމުން ދާދިޔުމަކީ ބޮޑު ކާމިޔާބެކެވެ. 

]]>
Mon, 09 Jan 2023 09:17:44 +0500 ހީރަސް
ސްޓެލްކޯއިން ގުޅީ ކޮންމެ ދޯންޏަކަށް ހިލޭ ފެންޓަނެއް https://heerasnews.com/876 https://heerasnews.com/876 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ހެޔޮވެރިކަމުގައި މަސްވެރިންނަށް ލުއިފަސޭހަތައް ހޯދާ ދިނުމަށް ގިނަގުނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އޮޑި ދޯނި ފަހަރަށް ފަސޭހަ ކަމާއިއެކު ފެން ލިބޭނެ އިންތިޒާމު ހަމަ ޖައްސާދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ.

މާލެއަތޮޅާއި އަރިއަތޮޅާއި ފެލިދެއަތޮޅުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ހަވާލު ވީއްސުރެ އެ އަތޮޅު ތަކުގެ އަސާސީ ހިދުމަތް ތަކަށް އިންގިލާބީ ހެޔޮ ބަދަލު ތަކެއް ދަނީ ގެންނަމުންނެވެ.

ޒަމާނީ ގިނަ ފަސޭހަ ތަކާއެކު ގުޅީގެ އޮޑި ދޯނި ފަހަރަށް ފެން ލިބޭނެ އިންތިޒާމް ސްޓެލްކޯއިން މިހާރު އެ ވަނީ ހަމަޖައްސާފައެވެ. މި ހިނގާ ޖެނުއަރީ ފަހެއްވީ ބުރާސްފަތި ދުވަހު ސްޓެލްކޯއިން އެ ހިދުމަތް ވަނީ އިފްތިތާހު ކޮށްފައެވެ.

ހިދުމަތް ހޯދުމަށް އެ ހިދުމަތަށް ހާއްސަ ހޮޓްލައިނަށް ގުޅާ އޯޑަރު ދިނުމުން ޕޭމަންޓްގެ ލިންކް ފޯނަށް ލިބި ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ކުރެވިފައިވެއެވެ.

ގުޅީގައި އޮޑި ދޯނިފަހަރަށް ފެންފޯރުކޮށް ދިނުމުގެ ހިދުމަތް އިފްތިތާހު ކުރުމައި ގުޅިގެން  ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

އޮޑި ދޯނިފަހަރަށް ސްޓެލްކޯއިން ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެންނެވެ.

ބޭންޑްއަށް އަގުނަގާނެ ރޭޓް:

* ބޭންޑް A10.00ރ(ދިހަރުފިޔާ)

* ބޭންޑް B12.50ރ(ބާރަރުފިޔާ ފަންސާސްލާރި)

* ބޭންޑްC 13.50ރ(ތޭރަރުފިޔާ ފަންސާސްލާރި)

ގުޅީން ފެނުގެ ހިދުމަތުގެ ހޮޓްލައިން: 7281221

ގުޅީގައި ފެނުގެ ހިދުމަތް ސްޓެލްކޯއިން ފެށިއިރު, އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް އދ. މަހިބަދޫ އާއި ކ. ގާފަރުގައި ވެސް މިހާރު ދަނީ ދެމުންނެވެ. ކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ސްޓެލްކޯއިން ދަނީ ވަމުންނެވެ. 

]]>
Sun, 08 Jan 2023 00:47:36 +0500 ހީރަސް
ސްޓެލްކޯ އުޖާލާ ކުރިމަގާއި ކާމިޔާބީ https://heerasnews.com/836 https://heerasnews.com/836 ސްޓެލްކޯގެ އަހަރީ އާއްމު ޖަލްސާ 2021 މިއަދު ބާއްވައިފިއެވެ. މި ޖަލްސާގައި 2021 ވަނަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި ކުންފުނީގެ މާލީ ހިސާބުތައް ހުށަހެޅުނެވެ. ކުންފުނީގެ ކުރި މަގާ މެދުވެސް މިޖަލްސާގައި އަލި އަޅުވާލެވިގެން ދިޔައެވެ.

ދުނިޔެއަށް ދިމާވި ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު ދުނިޔެއާއި ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއި އެކުވެސް ސްޓެލްކޯގެ މާލީ ހާލަތު އިނދަ ޖެހުނަ ނުދީ ދެމެހެއްޓިފައިކަން ފާހަގަ ކުރެވުނެވެ. އަނެއް ކޮޅުން ކޮވިޑްގެ ދަތި ހާލަތުގައި އެކި ވަރުގެ އެހީތެރިކަން ސްތެލްކޯގެ ފަރާތުން ސަރުކާރަށާއި، ރައްޔިތުންނަށް ފޯރުވައިދެވިފައި ވަނީ ފަހުރުވެރިވާ ފަދަ މިންވަރެއްގައިކަން ޖަލްސާގައި ފާހަގަ ކުރެވިގެން ދިޔައެވެ.

ސްޓެލްކޯގެ އަހަރީ އާއްމު ޖަލްސާއަށް  ހުށަހެޅި 2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓްއަކީ ސާރޕްލަސް ބަޖެޓެއްކަމުން ސްޓެލްކޯގެ އަމާޒަށް ވާސިލުވުމުގައި ދަރަނި ވެރިކަމެއް ނެތެވެ.

ކުންފުނީގެ  މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމެވެ. ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކުރުމެވެ. ހިންގުމުގެ ހަރަދު ކުޑަކޮށް ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.

އެނާރޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާރޓްސިލާ ކުންފުންޏާއި ގުޅިގެން ކުރަމުންދާ ކަމުގެ މައުލޫމާތު އަހަރީ އާއްމު ޖަލްސާގައި ދިނެވެ.  އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރެވުމުން ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެއެވެ. އަނެއްކޮޅުން ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށް އަހަރީ ޢާމު ޖަލްސާއިން ނިންމިއެވެ.

2020 ވަނަ އަހަރާއި އަޅާބަލާއިރު ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ޑިއުރޭޝަން (SAIDI) 30 އިންސައްތަ ވަނީ އިމްޕްރޫވް ވެފައެވެ. ހަމަ އެހެންމެ ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް (SAIFI) 26 އިންސައްތަ އިމްޕްރޫވްވެފައި ވާކަން އަހަރީ އާއްމު ޖަލްސާގައި ފާހަގަ ވެގެން ދިޔައެވެ.

ސްޓެލްކޯގެ މަސައްކަތްތަކުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެއްބާރުލުން މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ރައީސަށް ހިފެހެއްޓުމެއް ނެތް ޝުކުރާ ތައުރީފް އަދާ ކުރެއްވިއެވެ.

ސްޓެލްކޯގެ މިހާރުގެ އަމާޒު

ތެލަށް ކުރާ ހޭދަ ކުޑަކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުމަށް ސްޓެލްކޯވަނި އަމާޒު ހިފާފައެވެ.

ވިޔަފާރި ޑައިވަރސިފައިކޮށް، ސޭލްސް ސެންޓަރާއި ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމާއެކު އިތުރު ވިޔަފާރިތައް ހޯދާ އައު ވިޔާފާރި ތަކަށް ވަދެ އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމަކީ ސްޓެލްކޯގެ މިސްރާބެވެ.

70 މެގަވޮޓްގެ ޕަވަރޕްލާންޓެއް ގާއިމް ކޮށް ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް ފެށުމަށް ނިންމި ނިންމުމަކީ ކުރިމަގަށް ކޮށެވޭ އެންމެ އަލި މަގެވެ.

ގްރޭޓާ މާލޭ އިންޓަރކަނެކްޝަން ގްރިޑްގެ ފޭސް 2 ގެ މަސައްކަތް ފަށާ އެއް ވިއުގައަކުން މާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު ގުޅުވާލުން ވެގެން ދާނީ ބޮޑު ކާމިޔާބަކަށެވެ.

]]>
Mon, 26 Dec 2022 19:09:23 +0500 ހީރަސް
ސްޓެލްކޯގެ ހަގީގީ ހިދުމަތްތެރިންނަކީ މުވައްޒަފުން: ޝަރީފް https://heerasnews.com/819 https://heerasnews.com/819 ސްޓެލްކޯ ކާމިޔާބު ހިދުމަތްތެރި ކުންފުންޏެއްގެ ގޮތުގައި ދެމިއޮތީ ހީވާގި މުއައްޒަފުންގެ ހިއްވަރާ މަސައްކަތުންނެވެ. ކަމަށް ކަމޭ ހިތުމާއި ޒިންމާ ދާރުކަމުންނެވެ. ލަސްކޮށް ފަސްކުރުމެއް ނެތި ގުޅިގެން ގެން އެކުގައި ކުރި ލާމަސީލު ގުރުބާނީންނެވެ.

އެކަށީގެންވާ ރަނގަޅު ހިދުމަތެއް ދިނުމަށް ބޭނުންވާ މިންވަރަށް ޓީމް އެކުލަވާލެވި ހުރިހާ ދާއިރާއެއްގައި ގާބިލު މުއައްޒަފުން ތިބުމަކީ ސްޓެލްކޯގެ ކާމިޔާބީގެ އަސްލެވެ. މުއައްޒަފުންނަށް މަސައްކަތުގެ ފަހި މާހައުލެއް ހޯދާދީ ހިތްހަމަ ޖައްސައިދީގެން ނޫނީ ރައްޔިތުންނަށް ހިތްހަމަ ޖެހޭ ހިދުމަތެއް ފޯރުކޮށް ނުދެވޭނެކަން ސްޓެލްކޯ އަބަދުވެސް ދަނެއެވެ. ރަނގަޅު މުސާރައިގެ އިތުރަށް އިނަޔަތްތަކާ ފަހި ފުރުސަތުތައް ކެނޑިނޭޅި މުއައްޒަފުންނަށް ހޯދާދީ މުއައްޒަފުން އުފަލުގައި ބޭތިއްބުމަކީ ސްޓެލްކޯ ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރަކީ ސްޓެލްކޯގެ ތާރީހުގައި އެގޮތުން ފާހަގަ ކޮށްލެވޭނެ އެންމެ ކާމިޔާބު ހަތަރު އަހަރެވެ. ގިނަ އާއިލާތަކަކަށް ވަޒީފާގެ ފުރުސަތު ސްޓެލްކޯއިން ވަނީ ހޯދާދީފައެވެ. 1300 އަށް ވުރެ ގިނަ އާއިލާއަށް ވަޒީފާ ސްޓެލްކޯއިން ލިބި ދިނުމަކީ އެކަމުގެ ސަބަބުން އެތައް ރައްޔިތަކަށް އެކަމުގެ ހެޔޮ ނަފާ ލިބިގެން ދިޔަ ކަމެކެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ހިތްހަމަޖެހުމަށް ވަޒީފާގެ މާހައުލުގައި ކުދިން ބެލޭނެ އިންތިޒާމު ސްޓެލްކޯގައި ޗައިލްޑް ކެއަރ ސެންޓަރެއް ގާއިމުކޮށްގެން ވަނީ ހަމަޖައްސާފައެވެ. މުވައްޒަފުންނަށް ސްޓެލްކޯއިން ހިންގާފައިވާ އެންމެ ކާމިޔާބު ޕްރޮގްރާމަކީ ހައުސިން ސްކީމެވެ. 360 އާއިލާއަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކުޑަކަމެއް ނޫނެވެ.

25 އަރުން މިލްކުވާ ގޮތަށް ދޫކޮށްފައިވާ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ މިންވަރަކީ ވެސް ފްލެޓް ލިބުނު މުއައްޒަފުންނަށް ބުރައަކަށް ނުވާގޮތަށް ވަނީ ކުޑަ ކޮށްދެވިފައެވެ.

ރައީސް ސާލިހުގެ ދުރު ވިސްނުންފުޅާ ހަމަހަމަ ސިޔާސަތާއި އެއްގޮތަށް ތަފާތު ކުރުމެއް ނެތި ސްޓެލްކޯއިން ރައްޔިތުންނަށްދޭ ހިދުމަތް ރަގަޅު ފެންވަރުގައި ދިނުމުގައި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ހުންނެވީ މުއައްޒަފުންގެ ލާބައަށް ކުރެއްވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވުމުގައި މުއައްޒަފުންނާ އަތުގުޅުއްވައިގެނެވެ. މުއައްޒަފުންގެ ފަރާތުން އެމްޑީ އެދިވަޑައިގަންނަވަނީ ފަސްކޮށް ލަސްކުރުމެއް ނެތި ރައްޔިތުން ބަލައިގަނެ އުފާވާ ފެންވަރު ހުރި ހިދުމަތެއް ދިނުމުގައި ދެމިތިބުމަށެވެ.

]]>
Wed, 21 Dec 2022 10:16:59 +0500 ހީރަސް
ސަބްސިޑީ ނުލިބޭނަމަ ކަރަންޓެއް ނުދެވޭނެ: ޝަރީފް https://heerasnews.com/818 https://heerasnews.com/818 ވަރަށް އަސާސީ ފެންވަރެއްގައި ނީގެ 73 އަހަރުކުރިން ފެށުނު ކަރަންޓުގެ ހިދުމަތް ތަރައްގީވެ 125 މެގާވޮޓް ކަރަންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯއަށް ލިބިފައިވަނީ ހަމަ ހުރަފައެއް ނޫނެވެ. ބައެއްގެ ހިތްވަރާ މިންނަތުންނެވެ. ހުޝިޔާރުކަމާއި ގާބިލު ކަމުންނެވެ. އެކަން އެންމެ ބޮޑަށް ފަހަގަ ކުރައްވަނީ ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފެވެ.

ތަފާތު ނަންނަމުގައި ދިރެމުން ފުޅާވަމުން އައި ކަރަންޓްގެ ހިދުމަތުގައި ސްޓެލްކޯއަކީ ކަރަންޓެވެ. ކަރަންޓަކީ ސްޓެލްކޯއެވެ. ސަބަބުތައް ބައިވަރެވެ. 1949 ވަނަ އަހަރު އަލްއަމީރު މުހައްމަދު އަމީނު ދީދީގެ އިސްނެންގެވުމަކުން މަލޭގައި  އާދައިގެ ގޮތަކަށް ދޭން ފެށުނު ކަރަންޓްގެ ހިދުމަތް މެދުކެނޑުމެއް ނެތި ދުވަހެއް ދުވަހަކަށް އައީ ތަރައްގީ ވަމުންނެވެ.

އޭރުއްސުރެ މިހާ ތަނަށް ކަރަންޓްގެ ހިދުމަތް ދެމިއޮތީ އެހިދުމަތަކީ އިހުމާލު ކޮށްލެވެން ނެތް އަސާސީ ހިދުމަތަކަށް ވަތީއެވެ.

ރާއްޖޭގައި އޮތް ކޮންމެ ސަރުކާރަކުން ވެސް ހިދުމަތް އައީ ރަނގަޅުކޮށް ފެންވަރު މަތި ކުރުމަށް ކުރެވެން ހުރި ކަންކަން ކުރަމުންނެވެ. އެހެން ނަމަވެސް މީގެ ކުރީގެ ސަރުކާރު ތަކުން ނުކުރާހާ މަސައްކަތް ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި މިސަރުކާރުން ވަނީ ކޮށްފައެވެ. އެކަން ސްޓެލްކޯގެ އެމްޑީ ހިތްޕުޅުގެ އަޑިން ފާހަގަ ކުރައްވާ ރައީސް ސާލިހަށް ފަށްފަށުން ޝުކުރުވެރިވެ ވަޑައި ގަންނަވައެވެ.

ސްޓެލްކޯ އެމްޑީ ޝަރީފު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ރައްޔިތުނަށް 24 ގަޑިއިރު ކަރަންޓު ދެވެނީ ސަރުކާރުގެ ހެޔޮފުޅުކަމުންނެވެ. ތެލުގެ އަގު ބޮޑުވެގެން ގޮސް އަތް ނުފޯރާފަަށަށް ތެލުގެ އަގު ގޮސްފައި ވީނަމަވެސް ކަރަންޓުގެ ސިނާއަތަށް އެއްވެސް ކަހަލަ ބުރޫ އެރުމެއް ނެތި ހިދުމަތް ދެމުން ގެންދެވެނީ ސަރުކާރުގެ ސަބްސިޓީ ސްޓެލްކޯއަށް ލިބޭތީއެވެ. ހާއްސަ ހެޔޮ ރޭޓެއްގައި ތެޔޮ ފޯރުކޮށްދެތީއެވެ. އަނެއް ކޮޅުން ތެޔޮ ފޯރުކޮށްދޭ ފަރާތަށް ސަރުކާރުން ހަމައަގު ދައްކަމުން ދާތީ ތެޔޮލިބުމަކަށް އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވެއެވެ. ތެޔޮ ލިބުމުގައި ދަތި ކަމެއް ނެތުމުން ކަރަންޓް ފޯރުކޮށް ދިނުމުގައި ސްޓެލްކޯއަށް އުދަގުލެއް ނެތެވެ. އެ ކަމަށްޓަކައި ސަރުކާރަށް ސްޓެލްކޯ ޝުކުރުވެރި ވަނީ ނިހާޔަތަށެވެ.   

]]>
Wed, 21 Dec 2022 00:30:43 +0500 ހީރަސް
އެސްޓީއޯ ސްޓާފް އެވޯޑް 2022 : ވިދާތަރި 2 https://heerasnews.com/809 https://heerasnews.com/809 މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ ލީޑަރޝިޕްގައި އެސްޓީއޯއަކީ ކާމިޔާބު ކުއްފުންޏެއްކަން ދަނީ ސާބިތުކޮށް ދެމުންނެވެ. ހޯދަމުންދާ ކާމިޔާބީތަކާއި އެކު ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގައި ދެވަނައެއް ނެތްފަދައެވެ. "އެސްޓީއޯ ސްޓާފް އެވޯޑް" ތައާރަފްކޮށް  ހީވާގި ގާބިލު މުއައްޒަފުންގެ އަގު ވަޒަން ކުރަން އެސްޓީއޯ ފަށައިފިއެވެ. ޝަރަފްވެރި އެވޯޑް ތަކެއް ސްޓާފުންނަށް ފުރަތަމަ ފަހަރަށް އެސްޓީއޯއިން ދިނީ މި އަހަރެވެ. އެސްޓީއޯގެ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމަކީ ކުރިއަކުން އެހާ ބޮޑު އިސްކަމެއް ދިން ކަމެއް ނޫނެވެ.

"އެސްޓީއޯ ސްޓާފް އެވޯޑް 2022" ހާސިލްކުރި ބައެއް މުއައްޒަފުން ތާރީހަށްޓަކާ މި ފަހަރު ވެސް ފާހަގަ ކޮށްލާނަމެވެ.

 އައުޓު ސްޓޭންޑިންގ އިނޮވޭޓަރ އެވޯޑް 2022

އެންމެ ބޮޑު ތަފާތެއް ދެއްކި އިނޮވޭޓަރަކަށް 2022 ވަނަ އަހަރު ހޮވިފައި ވަނީ ސެކިއުރިޓީ އޮފިސަރ މުއައްމިނު ރަޝީދުއެވެ. މުއައްމިނުގެ އާދަޔާ ހިލާފު ކުޅަދަނަކަމާއި މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރި ކަމާއެކު ސާބަސް ރައްދު ކުރެއެވެ. 

އައުޓު ސްޓޭންޑިންގ އިނޮވޭޓަރ އެވޯޑް 2022

އެންމެ ބޮޑު ތަފާތެއް ދެއްކި އިނޮވޭޓަރ 2022 ގެ އެވޯޑް އެސްޓީއޯގެ އައިސީޓީ ޑިވް-ޓީމްއަށް ލިބުނީ ޓީމެއްގެ ގޮތުގައި ދެއްކި ގާބިލުކަމާއި ހުނަރު ވަޒަން ކުރެވިގެންނެވެ. އައިސީޓީ ޑިވް_ޓީމްގެ އާދަޔާ ހިލާފު ކުޅަދާނަކަމާއި މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރި ވަނީ ސާބަހާ އައްސަރިބަސް ރައްދު ކުރަމުންނެވެ. 

ގޮޓް ދެޓް އެކްސްޓްރާ މައިލް އެވޯޑް 2022

ގޮޓް ދެޓް އެކްސްޓްރާ މައިލް އެވޯޑް ޕީޕަލްސް ޗޮއިސް އެންޑް ފުޑް ސެކިއުރިޓީގެ ސާވިސް ސަޕޯޓް ޓެކްނީޝަން މުޙައްމަދު ޖަލީލަށް ހައްގެވެ. އޭނާގެ ހިދުމަތަކީ ނިހާއީ ނަމޫނާ ހިދުމަތެކެވެ. މުހައްމަދު ޖަލީލަކީ އުންމީދާއެކު ނަތީޖާ ހާސިލުކުރުމަށް ކެނޑިނޭޅި ދިން އެއްބާރުލުމާއި ބަދަހި ގުޅުން ދެމެހެއްޓުމުގައި ސާބަހާއި ތައުރީފް ހައްގު މުއައްޒަފެކެވެ.

ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް 2022

ސޯޝަލް މީޑިއާގައި އެސްޓީއޯ ޕްރަމޯޓްކޮށް މާކެޓްކޮށް ތަސައްވަރު ކިލަނބު ވިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރުމުގައި އެސްޓީއޯ މާކެޓިންގ ކޮމިއުނިކޭޝަން ޕީއާރ މެނޭޖަރ ފާތިމަތު ފަޒަތު ކުރައްވާފައިވާ އިހުލާސްތެރި ކާމިޔާބު މަސައްކަތުގެ އަގު ވަޒަންކޮށް ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް 2022 ވަނީ ދީފައެވެ. މުޅި އެސްޓީއޯ އެކަމަށްޓަކައި ފަހުރުވެރިވެ ހައްގު ޝުރު އަދާ ކުރެއެވެ.

]]>
Sat, 17 Dec 2022 18:30:09 +0500 ހީރަސް
ދެކުނުގެ އިގްތިސާދީ ހަރަކާތަށް ހިތަދޫ ޕޯޓު ތަރައްގީ ކުރެވޭނެ: ޝާހިދު https://heerasnews.com/807 https://heerasnews.com/807 އައްޑޫ ސިޓީ ހިތަދޫގައި ޕޯޓް ހިންގާތާ 17 އަހަރު ފުރުނީއެވެ. ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ހަފްލާ އެމްޕީއެލް އިން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރީ މުހިންމު ސަބަބު ތަކަކަށްޓަކައެވެ. މަދު ވަސީލަތް ތަކާއެކު ކާމިޔާބު މަސައްކަތް ތަކެއް މުއައްޒަފުން 17 އަހަރު ކުރި ކުރުން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރުމަކީ އެންމެ މުހިންމު އެއް ބޭނުމެވެ.

ހިތަދޫ ޕޯޓަށް 17 އަހަރު ފުރުން ފަހަގަ ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޝާހިދު އެކަން ފާހަގަ ކުރައްވާ ފާއިތުވި 17 އަހަރު ދުވަހު މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ހިދުމަތް ފޯރުކޮށްދީ، ދެކުނުގެ އިގްތިސާދީ ހަރަކާތް ތަކަށް އިތުރު ކުރިއެރުން ތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެންކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހުގެ އިގްތިސާދީ އެޖެންޑާގައި ސަރުކާރުން ހިތަދޫ ޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ޕްލޭނަށް އަލި އަޅުއްވާލެއްވީ އުންމީދުން ފުރިގެންވާ ޔަގީންކަމާ އެކުގައެވެ. ހިތަދޫ ޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގެ އުފާވެރި ހަބަރު އެމްޑީ ޝާހިދުގެ ވާހަކަފުޅުގައި ދެއްވިއެވެ.

ހިތަދޫ ޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފުރިހަމަ ވުމުން ލިބިގެންދާނެ ފަސޭހަ ތަކުގެ މައްޗަށް ތަފްސީލުކޮށް ޝާހިދު ޖަލްސާގައި ބައްލަވާ ލެއްވިއެވެ.

ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދު ފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ހާއްސަ ކުރެވިގެން ދާނެ ކަމާއި ޑޮމެސްޓިކް އުޅަނދު ތަކަށް ހާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް ލިބިގެން ދާނެކަން ކަށަވަރުކޮށް ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން ދާނެކަން ޝާހިދު ވަނީ ފާހަގަ ކުރެއްވިއެވެ.

އެމްޕީއެލްގެ ބޯޑު މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާ ތަކުގެ ވެރިން ބައިވެރިވެވަޑައިގެން ރަސްމިއްޔާތު އޮތީ އައްޑޫ ހައި ސްކޫލްގައެވެ.

ހިތަދޫ ޕޯޓަށް ދިގު މުއްދަ ތަކަށް ހިދުމަތް ކޮށްދެއްވުމަށް ފަހު ރިޓަޔަރ ކުރެއްވި 2 މުވައްޒަފަކަށް ހަނދާނީ ފިލާ އެރުވުނު މި ހަފްލާގައި ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެން ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ 13 މުވައްޒަފަކަށް ހަނދާނީ ފިލާ އަރުވާފައި ވެއެވެ.

]]>
Fri, 16 Dec 2022 23:04:04 +0500 ހީރަސް
އެސްޓީއޯ ސްޓާފް އެވޯޑް 2022 : ވިދާތަރި1 https://heerasnews.com/798 https://heerasnews.com/798 އެސްޓީއޯގެ އާދަޔާ ހިލާފު ޓީމަކީ މަސައްކަތުގައި ވަރުބަލި ކަމެއް ނެތި ހިދުމަތް ކުރުމުގައި ގާބިލު ޓީމެކެވެ. އެސްޓީއޯގެ ދިގު ތާރީހުގައި ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމަކީ ކުރިއަކުން އެހާ ބޮޑު އިސްކަމެއް ދިން ކަމެއް ނޫނެވެ. އެހެނެއް ކަމަކު މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ މާލިމީ ކަމުގައި އެސްޓީއޯ ހޯދަމުންދާ ކާމިޔާބީތަކާއި އެކު ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުކަން ފާހަގަ ކުރެވިއްޖެއެވެ. ނަތީޖާ އަކަށްވީ "ސްޓާފް އެވޯޑް" ތައާރަފް ވެގެން ދިޔުމެވެ. އާދަޔާ ހިލާފު ކުޅަދާނަ ހީވާގި ގާބިލު މުއައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޝަރަފްވެރި އެވޯޑް ތަކެއް ސްޓާފުންނަށް ފުރަތަމަ ފަހަރަށް އެސްޓީއޯއިން ދީފިއެވެ. "ސްޓާފް އެވޯޑް 2022" ގެ ނަމުގައެވެ.

ސަރވިސް އެކްސަލަންސް އެވޯޑް 2022

އެންމެ ފުރިހަމައަށް 2022 ވަނަ އަހަރު ހިދުމަތްކުރި މުއައްޒަފަކަށް ހޮވިގެން އެވޯޑް ހާސިލުކުރީ އެސްޓީއޯ ފާމަސީ ކޯޑިނޭޓަރ ލުބްނާން އިބުރާހީމެވެ. ލުބުނާން ހީވާގި ބުރަ މަސައްކަތް ފާހަގަކޮށް އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރި ކަމާއެކު ސާބަސް ރައްދުކުރެއެވެ. 

ސޭލްސް ފްރޮންޓްރަނަރ އެވޯޑް 2022

އެސްޓީއޯ އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް ގެ ކޯޑިނޭޓަރ އަބްދުﷲ އިހުސާނު ސޭލްސް ފްރޮންޓް ރަނަރ އެވޯޑް 2022 ހާސިލުކުރީ އެހެން މުއައްޒަފުންނަށް މިސާލު ދައްކަމުންނެވެ. އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރިކަމާއެކު ސާބަސް ރައްދު ކުރަނީ އެހެން ވެގެނެވެ.

ޓީމް ޕްލޭޔަރ އެވޯޑް 2022

ޓީމް ވޯކުގައި ދެވަނައެއް ނެތް މިސާލު ދައްކައިގެން ޓީމް ޕްލޭޔަރ އެވޯޑް 2022 ހާސިލު ކުރީ ސީނިއަރ އައިޓީ ސަޕޯޓް ސްޕެޝަލިސްޓް ހާމިދު ސައީދުއެވެ. އުންމީދާއެކު ނަތީޖާ ހާސިލުކުރުމަށް ކެނޑިނޭޅި ދިން އެއްބާރުލުމާއި ބަދަހި ގުޅުން ދެމެހެއްޓުމުގައި ސާބަހާއި ތައުރީފް ހައްގު މުއައްޒަފެކެވެ.

]]>
Tue, 13 Dec 2022 15:15:36 +0500 ހީރަސް
މުއައްޒަފުންގެ އަގުވަޒަކޮށް އެސްޓީއޯ ދިން ފުރަތަމަ އެވޯޑް https://heerasnews.com/784 https://heerasnews.com/784 އެސްޓީއޯގެ ކާމިޔާބީގެ އަސްލަކީ އެސްޓީއޯގެ ހީވާގި މުއައްޒަފުންނެވެ. އެސްޓީއޯ އުފެދުނީއްސުރެ އަދާ ހަމައަށް އެސްޓީއޯގައި ހިދުމަތްކުރެއްވި ގިނަ ގުނަ މުއައްޒަފުން ކުރި ބުރަ ހިއްވަރާ މަސައްކަތުގެ އަގުވަޒަންކުރާ ވެރިއަކު އެސްޓީއޯ މީގެ ކުރިއަކުން ދެކިފައެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގައުމު ހިންގެވުމާ ހަވާލުވެ ވަޑައިގެން އެސްޓީއޯއަށް ހޯއްދަވާ ދެއްވީ މުއައްޒަފުންގެ އަގު ވަޒަން ކުރައްވަން ދެނި ވަޑައިގަންނަވާ ފިސާރި ހިންގުންތެރި އޯގާތެރި ވެރިއެކެވެ.

މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހުސައިން އަމްރުއަކީ އެސްޓީއޯގެ މުއައްޒަފުން ލޯތްބާއި އެއްބާރުލުން ހޯއްދަވައިގެން ކުންފުނި އައު އުސްމިނަކަށް ގެންދެވުމަށް ހިތާ ރޫހުން މަސައްކަތްކުރައްވާ ބޭފުޅެކެވެ. ކޮންމެ ކުންފުންޏެއްގައި ވެސް އެ ކުންފުންޏެއްގެ މުއައްޒިފުންނަކީ ކުންފުނި ހިންގާ ހަކަތަކަން އަމްރު ދެނެވަޑައިގަނެއެވެ. މުއައްޒަފުންގެ ގުޅުމާއި ކުންފުންޏަށް އޮންނަ ލޯތްބާއި ވަފާތެރިކަމާއި ހީވާގި މަސައްކަތާ ނުލާ ކުންފުނި ދިރި ނުއޮންނާނެކަން އަމްރު ނިކަން ރަނގަޅަށް ދެނެވަޑައިގަނެއެވެ.

މުއައްޒަފުންނަށް ރަނގަޅު މުސަރައާއި އިނާޔަތްތައް އެކަނި ދިނުމަކުން ނުފުދެއެވެ. ވަޒީފާ އަދާ ކުރާވެއްޓަކީ އުފާވެރި އަމާން ހިތްހަމަޖެހޭ ވެއްޓަކަށް ވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ހުނަރާ ގާބިލުކަން ދައްކާ ދެވޭ ފަދަ ވެއްޓަކަށް ހަދަން ޖެހެއެވެ. އިލްމާ ހުނަރު އިތުރުކޮށް އައު ހިޔާލާ އީޖާދީ ވިސްނުމަށް ފަހި ވެއްޓަކަށް ވެސް ވާން ޖެހެއެވެ. މި ހުރިހާ ކަންކަމާއެކު މަސައްކަތުގެ އަގު ވަޒަންކުރާ ވެއްޓަކަށް ވުމަކީ ކޮންމެހެން މުހިންމުކަމެކެވެ. މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ލީޑަރެއްގެ ގޮތުން އެސްޓީއޯގައި އެ ހުރިހާ ކަންކަމެއް މުއައްޒަފުންނަށް އެ ގެންދަވަނީ ކަށަވަރު ކޮށްދެއްވަމުންނެވެ.

ފުރަތަމަ ފަހަރަށް އެސްޓީއޯގައި ސްޓާފް އެވޯޑް ނައިޓެއް ފާހަގަކުރި ކުރުމަކީ އެސްޓީއޯގެ މުއްޒަފުންގެ ހިތްތައް އުފަލުން ފޮޅޭނެކަމެކެވެ. އެސްޓީއޯގެ މުއައްޒަފުންގެ ތެރެއިން އެވޯޑް ހައްގުވާ މުއައްޒަފުން ފާހަގަ ކޮށްދިނީ އެސްޓީއޯގެ މުއައްޒަފުންނެވެ. މެނޭޖުމެންޓަކުން ނޫނެވެ. ފަހަރެއްގައި ވެސް އިސްވެރިން ހުނި ޖަހާލާފައި ވަކި ބަޔަކަށް ދިން އެވޯޑަކަށް ނުވުމަކީ އިތުބާރާ އިންސާފުވެރި ފެށުމަކުން ފެށުނު ކަމުގެ ރަމްޒެކެވެ.

ތަފާތު އެ ތަކެއް ދައިރާއަކަށް ބަލާލެވިގެން 08 ޑިސެމްބަރ 2022 ގައި ދިން އެސްޓީއޯގެ ސްޓާފް އެވޯޑަކީ އައުހިޔާލާއި އީޖާދީ ވިސްނުމާއި ބަދަހި ގުޅުމާއެކު އެސްޓީއޯ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ބިންގަލެކެވެ. އެސްޓީއޯގެ ސްޓާފް އެވޯޑަކީ ހެޔޮވެރިކަމެއް ކުރާ ތަފާތު ކުރުމެއް ނެތް ރައީސް ސާލިހުގެ އިރުޝާދާއި މަޝްވަރާ ހޯއްދަވައިގެން އެސްޓީއޯ ފަހި އެހެން ހަރުފަތަކަށް ގެންދެވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ އަމާޒަށް ވާސިލުވުމަށް ކޮށުނު ކުރު މަގެކެވެ.

އެވޯޑަށް ވާދަ ކޮށްލެވޭ ވަރުގެ 598 މުއައްޒަފުން އެސްޓީއޯގައި ތިބި ތިބުމުން ދައްކާދެނީ އެސްޓީއޯ ޓީމުގެ ގާބިލުކަމެވެ. ހުނަރުވެރިކަމެވެ. އެސްޓީއޯއަކީ އާދައިގެ ކުންފުންޏެއް ނޫންކަމެވެ. ހުނަރުވެރި ފަންނުވެރި މުރާލި ހީވާގި ކަމަށްކަމޭ ހިތާ މުއައްޒަފުން ތިބި ތަނެއް ކަމެވެ. އާނއެކެވެ. ހުސައިން އަމްރުގެ މޭސްތިރިކަމުގައި މުއައްޒަފުންނަށް ހައްގު ޝަރަފުދީ މަސައްކަތުގެ އަގުވަޒަން ކުރަން ފެށި ފެށުމަށް ވުރެ ވަކީން ބޮޑު ކާމިޔާބީއެއް އެސްޓީއޯގެ މުޅި ތާރީހުގައި ދެކިފައެއް ނުއޮންނާނެއެވެ.

]]>
Fri, 09 Dec 2022 00:57:20 +0500 ހީރަސް
ހަސަދަ ވެރިންނަކަށް ޓީމު ފެނަކަ ރޫޅައެއް ނުލެވޭނެ https://heerasnews.com/769 https://heerasnews.com/769 އަޖައިބުވެ އަންތަރީސް ވާހާވެއެވެ. ހެޔޮ އެއްގޮތެއް ނޯވެއެވެ. ޔާމީނުގެ މަސްލަހަތު ނަގަހައްޓަން އިދިކޮޅުން ކިޔާފައި ނުކިޔާނެ އެއްޗެއް ނޯވެއެވެ. އެއްކޮޅުން ކަރުންނާރު ނަގާފައި ދައްކަނީ ހަރަދު ބޮޑު ވާހަކައެވެ. ހަރަދު ކުޑަ ކުރަން ފިޔަވަޅު ނާޅާ ވާހަކައެވެ. ރަނގަޅަށް ރޭވިގެން ހަރަދު ކުޑަކުރަން ފިޔަވަޅެއް އެޅިޔަސް ހީވާނީ އުޑު ބޮލަށް ވެއްޓެން އުޅޭހެންނެވެ. ދެކޮޅު ނުޖެހިގެން އެވެނިކަމެއް މިވެނިހެން ކޮށްފިއޭ ކިޔައިގެން ނުކިޔާ އެއްޗެއް ނޯވެއެވެ.

ފެނަކައިގެ އިދާރީ މުއައްޒަފުން އޮފީހުގެ މަސައްކަތްތައް ހެދުނު 8.00 އިން މެންދުރު ފަހު 3.00 އަށް ކޮށް ނިންމުމަށް އެންގުމަކީ ބޮޑު ވިހަޔަކަށް ހަދާލަން ހާދަ އުންކަރެއް އެބަދެއެވެ. މުއައްޒަފުންނަށް އިތުރުގަޑީ ފައިސާ ނުދޭން ނިންމި ނިންމުމަކަށް ސިފަކޮށް ފެނަކައިގެ މެނޭޖުމަންޓާ މުއައްޒަފުން ޖެއްސުމަށް އެތިބީ ފޫގަޅާފައެވެ.

ހަގީގަތެއް ނެތް ހިސާބު އަދަދު ތަކަކަށް ރިއާޔަތް ކުރަމުން ރައްޔިތުންގެ ކަން ބޮޑުވުން އިތުރުކޮށް ފަސާދަ ކުރުންނޫން ކަމެއް ޔާމީނު އައުވާނުންނަކަށް ކުރާކަށް ނޭގެއެވެ. ފިތުނަ އުފައްދައިގެން ފެނަކައިގެ އިސްވެރިންނާއި މުއައްޒަފުން ޖެއްސޭނެ ކަމަށް ހީކޮށް ޔާމީނުގެ އައުވާނުން ތިޔަ ޖަހާ ސަކަރާތް ނުދައްނަ މީހަކު ނެތެވެ.

ކޮންމެ އަހަރެއްގެ އެންމެ ފަހު މަހަކީ ހުރިހާ ޒަމާނެއްގައި ވެސް ހަރަދުތައް ކުޑަކޮށް އެ އަހަރަކަށް ކަނޑައެޅިފައި އޮންނަ ބަޖެޓަށް ހަރަދުތައް ފައްތަން ހުރިހާ މުއައްސަސާ އަކުން ވެސް ތަފާތު ފިޔަވަޅުތައް އަޅާ މަހެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އެ ތަންތާ ވަޒީފާ އަދާކުރާ މުއައްޒަފުންނަށެވެ. މުއައްޒަފުންނަށް ލިބޭ އިނާޔަތަކަށް ކުޑަވެސް އަސަރެއް ކުރާޒާތުގެ ފިޔަވަޅެއް އެއްވެސް މެޏޭޖުމަންޓަކުން އަޅާނީ މުއައްޒަފުންގެ އެއްބާރުލުން ހޯދައިގެންނެވެ.

ފެނަކައަކީ އެކަށީގެންވާ ވަރަށް ގާބިލު މުއައްޒަފުން ތިބި ކުންފުންޏެކެވެ. ވަގުތު އިސްރާފުނުކޮށް މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމޭވަރުގެ ގާބިލުކަން ފެނަކައިގައި އެބަހުއްޓެވެ. ފެނަކަގެ އިދާރީ ހިންގުމަށް ގަނެވޭ އިސްލާހި ބަދަލަކުން މުއައްޒަފުންނަށް ލިބޭ ބެނެފިޓަށް ނުރަނގަޅު އަސަރެއް ކުރާވަރުގެ ކުއްލި ބަދަލެއް ފެނަކަ މެނޭޖުމަންޓަކުން ނުގެންނާނެއެވެ.

އުސޫލާ ހިލާފަށް އެހުމުން ވައްކަން ކޮށްގެންނާއި ހިސާބު ކިތާބު ވަގަށް ނަގައިގެން ފެނަކައިގެ އިމޭޖު ބަދަލު ކުރަން ޔާމީނުގެ އައުވާނުން އުޅެނީ ކީއްވެގެން ކަން ދިވެހި ރައްޔިތުންނަކަށް ނުއޮޅޭނެއެވެ. ފަތުއަޑު ކިޔާފައި ރަށްރަށަށް ފެނަކައިން ގެންނަމުންދާ ހެޔޮ ބަދަލުތައް ފެނި ހަސަދަވެރި ވިޔަސް ފެނަކައިގެ މަސައްކަތްތަކަށް ހިޔަނިވެސް އަޅުވާ ނުލެވޭނެއެވެ. ރައްޔިތުން ފެނަކައަށް ކުރާ އިތުބާރަށް ލޮޅުމެއް އަރުވައެއް ނުލެވޭނެއެވެ. ފެނަކަ ޓީމަށް ވަގަށް ގޮވަމުން ހީވާގި މުރާލި ފެނަކަ ޓީމުގެ ބަދަހިކަމުގައި ރެނދެއް ވެސް ނޭޅުވޭނެއެވެ.   

]]>
Sun, 04 Dec 2022 18:11:56 +0500 ހީރަސް
އަމްރާ އެކު އެސްޓީއޯ: އެންމެ ކާމިޔަބު ހަތަރު އަހަރު https://heerasnews.com/756 https://heerasnews.com/756 އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރކަމާ ހުސައިން އަމްރު ހަވާލުވެ ވަޑައިގެންތާ މި ފުރުނީ ހަތަރު އަހަރެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ހޭދަވެގެން ދިޔަ ކާމިޔާބު ހަތަރު އަހަރުގެ އެންމެ ބޮޑު އެއް ބައިވެރިއަކީ އެސްޓީއޯއެވެ. މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ ދުރު ވިސްނުންފުޅާ ކާމިޔާބު މަސައްކަތްޕުޅާ ގުޅިފައިވަނީ އެސްޓީއޯގެ ޓީމްވޯކެވެ. ހުޝިޔާރު ކައްޕިއެއްގެ މާލިމީކަމުގައި އެސްޓީއޯ ހޯދާފައިނީ އެ ކުންފުނީގެ ތާރީހުގައި ވެސް ހޯދިފައި ނުވާވަރުގެ ބޮޑު ކުރިއެރުމެކެވެ. ވަކި ދާއިރާ އަކުންނޫނެވެ. ހުރިހާ ދާއިރާއަކުންނެވެ. އެސްޓީއޯގެ ހުރިހާ ގުނަންތަކަށް ހަރަކާތްތެރި ކަމާއި ހީވާގިކަން އިހުނަށްވުރެ ބޮޑުވެގެން ދިޔައީ ހުސައިން އަމްރުގެ ހިކުމަތްތެރި ލީޑަރ ޝިޕްގެ ސަބަބުންނެވެ.

ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ދާއިމީ ކަސްޓަމަރުންގެ އިތުބާރު އެސްޓީއޯއަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ހިގައްޖެއެވެ. ކުންފުނީގެ ފައިދާ އެއްކުއާޓަރ އިން އަނެއް ކުއާޓަރއަށް ބޮޑުތަނުން ބޮޑުވެގެން ހިގައްޖެއެވެ. ހިންގުމުގެ ހަރަދު އިންތިހާއަށް ކުޑަވެ މުއައްޒަފުންގެ އުފެއްދުންތެރިކަމުގެ ނިސްބަތް އެތައް ގުނައަކަށް އިތުރު ވެގެން ހިގައްޖެއެވެ. މުޅި ރާއްޖޭގެ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ކަށަވަރު ކޮށްދީ ދަތިކަމެއް އުދަގުލެއް އުފުލަން ނުޖެހޭނެހެން ރައްޔިތުމީހާގެ ބަޑަހަގެއަށް ކާޑުގެ ބާވަތައް ފޯރުކޮށް ދިނުމުގައި އެސްޓީއޯވަނީ ކުރިއެރުން ހޯދާފައެވެ.

މުޅި ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ބޭނުން ވަރަކަށް ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު އަތްފޯރާފަށަށް ވަނީ ފޯރުކޮށް ދެވިފައެވެ. ރައްޔިތުންގެ ސިއްހަތު ސަލާމަތްކޮށް ދުޅަހެޔޮ ސިއްހީ ވެއްޓެއް ގާއިމުކުރުމަށް ބޭނުންވާ ބޭހާއި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ތަފާތު އެތައް ބާވަތެއް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ ފަސޭހަ އިންތިޒާމް ގާއިމުކޮށް ދެމެހެއްޓުމުގައި އެސްޓީއޯ އެންމެ ފިޔަވަޅެއް ފަހަތަށް ނާޅާ ދަތުރުކުރީ ބާރަށް ކުރިއަށެވެ.

ކޮވިޑްގެ ދަތި ހާލަތުގައި ކުންފުނި އިނދަޖެހުނަ ނުދެއްވާ ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެލާއި އެނޫންވެސް އަސާސީ އެއްވެސް ވަސީލަތަކަށް އެއްވެސް ބުރުލެއް އެރިއަކަ ނުދެއެވެ. އިހުލާސްތެރި ބުރަ މަސައްކަތްތަކެއް ކޮށް ގައުމު އާންމު ހާލަތަކަށް ގެނައުމުގައި އެސްޓީއޯ ވަނީ ނަމޫނާ ދައްކާފައެވެ.

ހުސައިން އަމްރުގެ ލީޑަރޝިޕްގެ ދަށުގައި ވޭތުވެ ދިޔަ ހަތަރު އަހަރު އެސްޓީއޯއިން އަދާކުރި އިޖުތިމާއީ ޒިންމާގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތައުލީމާ ތަރުބިއްޔަތާ ހުނަރުވެރިކަން އިތުރު ކުރުމަށް ހިންގި އެތައް ސަތޭކަ ހަރަކާތެއްގައި އެސްޓީއޯއިން ބޮޑު ހިއްސާއެއްވެ އެ ހަރަކާތްތައް ކާމިޔާބު ހަރަކާތްތަކަށް ވަނީ ހަދާ ދީފައެވެ.

އެސްޓީއޯ އަކީ ނަފާވެރި ހިދުމަތްތެރި ރަހުމަތްތެރި އެކުވެރި ކުންފުންޏެކެވެ. އެސްޓީއޯއަށް ހަގީގީ އެ ސިފަ ގެނެސް ދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރެވެ. ރައްޔިތުންގެ ލޯތްބާ އިތުބާރު އެސްޓީއޯއަށް ހޯއްދަވާ ދެއްވީ ހުސައިން އަމްރެވެ. އެސްޓީއޯގެ އެކިއެކި ގުނަވަންތަކުގައި އެކި ހިސާބުގައި ތިބި ހުރިހާ މުއައްޒަފުންނަކީ އެއް އާއިލާއެއްގެ ގޮތުގައި ހުސައިން އަމްރު ވަނީ ހައްދަވާ ދެއްވާފައެވެ.

މުއައްޒިފުންގެ ހަކަތަ އިތުރުވެ ބަދަހި އާއިލާއެއްގެ ގޮތުގައި ފުރިހަމަ އިނާޔަތާ ރައްކާތެރި ކަމުގައި އަޅާލާ ކުލުވެރި ވެއްޓަކަށް މުޅި އެސްޓީއޯ ހެއްދެވި ލީޑަރަކީ ހުސައިން އަމްރެވެ. އެސްޓީއޯގެ ހުރިހާ މުއައްޒަފުންގެ ލޯތްބާއި ކުރުނީސް ހުސައިން އަމްރަށް މެދުނުކެނޑި އޮހެމުން ދަނީ ކާމިޔާބު ހަތަރު އަހަރުގެ އުފަލާ ހިތް ހަމަޖެހުމާ އެކުގައެވެ.

]]>
Wed, 30 Nov 2022 23:25:32 +0500 ހީރަސް
ހެޔޮވެރިކަން: އެސްޓީއޯ ފިއުލްޓެސްޓިންގ ލެބޯޓްރީ ބޮޑުކާމިޔާބެއް https://heerasnews.com/719 https://heerasnews.com/719 ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް މީގެ ކުރިއަކުން ރާއްޖެއަކު ނެތެވެ. އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި ކުރިން ފޮނުވަން ޖެހެނީ ރާއްޖެއިން ބޭރަށެވެ. ތެޔޮ ޓެސްޓްކުރުމަށް އޭރު ވަރަށް ބޮޑު ހަރަދެއް ކުރަންޖެހުނެވެ. އެހާމެ ގިނަ ވަގުތު އެކަމަށް ހޭދަކުރަން ޖެހުނެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އެސްޓީއޯއިންނެވެ. ތެޔޮ ޓެސްޓުކުރުމަށް ހިނގާ ބޮޑު ހަރަދު ކުޑަކުރުމަށް ފިއުލް ޓެސްޓިންގ ލެބޯޓްރީއެއް ރާއްޖޭގައި އެސްޓީއޯއިން މިހާރު ވަނީ ގާއިމުކޮށްފައެވެ. މި އަހަރުގެ މަރޗް މަހުގެ ފުރަތަމަ ދުވަހު އެސްޓީއޯއިން ރާއްޖޭގައި ހުޅުވި ފިއުލް ޓެސްޓިންގ ލެބޯޓްރީ އަކީ  ދުނިޔޭގެ ފެންވަރުގެ ލެބެކެވެ.

ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްއިންނެވެ. ޖިއޯކެމް މިޑްލް އީސްޓްއަކީ ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

އެސްޓީއޯ ފިއުލް ޓެސްޓިންގ ލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލްއާއި ޑީސަލްގެ ކީ-ޕެރަމީޓަރސްތައް ވެސް ޓެސްޓް ކުރެވެއެވެ. ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ އެސްޓީއޯ ފިއުލް ޓެސްޓިންގ ލެބޯޓަރީން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުން ބަލައި ގަނެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވާ ގޮތުގައި އެސްޓީއޯގެ މި ލެބްގެ ސަބަބުން އެމްއޭސީއެލްއަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ހިނގައްޖެއެވެ. ކުރިން ސާމްޕަލް ނަގައިގެން ތެޔޮ ޓެސްޓު ކުރުމަށް ބޭރަށް ފޮނުވައިގެން ތިން ހަތަރު ދުވަސް ހޭދަވުން ނިމުމަކަށް ގެނެވިއްޖެއެވެ. ގާތްގަނޑަކަށް 3 ގަޑިއިރުގެ ތެރޭގައި ޓެސްޓްގެ ރިޕޯޓު އެސްޓީއޯ ލެބޯޓްރީން ލިބެއެވެ. އެހެން ކަމުން ތެޔޮ ޓެސްޓް ކުރުމަށް އެމްއޭސީއެލް ފަދަ ކުފުނިތަކުން ކުރާ ބޮޑު ހޭދަ އެތައް ތަނަކުން ކުޑަ ކުރެވިއްޖެއެވެ. އެސްޓީއޯގެ ފިއުލް ޓެސްޓިންގ ލެބޯޓަރީން އެވްރެޖްކޮށް މަހެއްގެ މައްޗަށް 27 ސާންޕަލް މިހާރު ޓެސްޓުކުރާކަމަށް އެމްޑީ އަމްރު ވިދާޅުވެއެވެ.

]]>
Tue, 22 Nov 2022 13:56:45 +0500 ހީރަސް
ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސްގައި ސްޓެލްކޯ https://heerasnews.com/718 https://heerasnews.com/718 21 ވަނަ ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް 2022 ގައި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) ބައިވެރިވެއްޖެއެވެ. 21 ވަނަ ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް މި އަހަރު އޮތީ އިންޑިއާގެ މުމްބާއީގައި ނޮވެމްބަރ 18 އިން 21 އަށެވެ.

ކޮންގްރެސްގެ މި ފަހަރުގެ ތީމަކީ " ބިލްޑިންގ ޓަރަސްޓް އެނެބްލިންގ ސަސްޓައިނަބިލިޓީ" އެވެ.

ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް 2022 ގައި ސްޓެލްކޯ https://twitter.com/STELCOMALDIVES ތަމްސީލުކުރެއްވީ އެ ކުންފުނީގެ ފިނޭންސް އެންޑް އެކައުންޓްސް ޑިޕަރޓްމަންޓްގެ އިސް ތިން އޮފިޝަލެކެވެ. ސްޓެލްކޯގެ އެކްޓިންގ ޗީފް ފިނޭންސް އޮފިސަރ އަދި ޖެނެރަލް މެނޭޖަރ އީނާސް އަހުމަދު އާއި އެކު ކޮންގްރަސްގައި ބައިވެރިވެ ވަޑައިގެން އަނެއް ދެ ބޭފުޅުންނަކީ މެނޭޖަރ ފަތިމަތު ލީނާ އާއި ޑެޕިއުޓީ މެނޭޖަރ ޝިފާޒް އަހުމަދެވެ.

]]>
Tue, 22 Nov 2022 12:12:13 +0500 ހީރަސް
ހެޔޮވެރިކަން: އެސްޓީއޯގެ އެންމެ ކާމިޔާބު ހަތަރު އަހަރު https://heerasnews.com/705 https://heerasnews.com/705 ވޭތުވެ ދިޔަ ހަތަރު އަހަރަކީ އެސްޓީއޯގެ ތާރީހުގައި އެންމެ ކާމިޔާބު ހަތަރު އަހަރުކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމުރު ވިދާޅު ވުމުން އެއްވެސް ރައްޔިތަކު ހައިރާނެއް ނުވާނެއެވެ. ކޮވިޑްގެ އާލަމީ ވަބާގައި ދުނުޔޭގެ ގިނަ ކުންފުނިތައް ބަނގުރޫޓްވެ އަރައި ނުގަނެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތި ލާން ޖެހުނެވެ. އެހެން ނަމަވެސް އެސްޓީއޯ އެހާލަތަށް ނުވެއްޓި އެއް ކުއާޓަރ އިން އަނެއް ކުއާޓަރ އަށް ނަފާވެރި ކުންފުންޏެއްގެ ގޮތުގައި ކުރިއަރަމުން އައީ ހީވާގި ގާބިލު މުއައްޒަފުންތަކެއްގެ ހިތްވަރުންނެވެ. އެސްޓީއޯގެ ހަރަދުތައް ކުޑަކޮށް ނަފާވެރި ކުންފުންޏެއްގެ ގޮތުގައި ދެމިއޮންނަނީ މުއައްޒަފުންގެ ހުރި ކެރުންތެރިކަމާ ދުރުވިސްނުމާއި ކުޅަދާނަކަމުން ކަމަށް އެމްޑީ އެއްބަސްވެ ވަޑައިގަނެއެވެ.

ޔޫކްރެއިންގެ ހަނގުރާމައިގެ ނުބައި އަސަރު ދުނިޔޭގެ ބަޒާރަށް ކޮށްފައިވާ މި ދަނޑިވަޅު ވެސް އެސްޓީއޯއިން އެއް ކުއާޓަރއިން އަނެއް ކުއާޓަރއަށް ހޯދާ ނަފާ ބޮޑުވެފައި ދޭ ހިދުމަތުގެ ފެންވަރު ދުވަހަކަށް ވަނީ ރަނގަޅެވެ. އެމްޑީ ހުސައިން އަމްރުގެ ހުރިހާ ތައުރީފެއް އޮހެނީ އެސްޓީއޯގެ ހީވާގި މުއައްޒަފުންނަށެވެ. 

ރައީސް ސާލިހުގެ ހެޔޮވެރި ކަމުގައި އެސްޓީއޯ ހޯދާ ކާމިޔާބީ ތަކުގެ ސިއްރަކީ ހަމަހަމަ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން މިނިވަން ކަމާއެކު ދައުލަތުގެ ކުންފުނިތައް ހިންގުމަށް ޖާގަ ދެވިފައި އޮންނަ އޮތުމެވެ. ރައްޔިތުންނަށް ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު ހިދުމަތް ދިނުމަށް ރައީސް ދެއްވާ އިސްކަމެވެ. 

]]>
Thu, 17 Nov 2022 17:02:32 +0500 ހީރަސް
ސްޓެލްކޯ އިން އުޖާލާ ދިރިއުޅުން https://heerasnews.com/668 https://heerasnews.com/668 ސްޓެލްކޯ ސޭލްސް ސެންޓަރުން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް މުދާ ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. 

ސްޓެލްކޯ ސޭލްސް ސެންޓަރުން ވިއްކާ ކަރަންޓު ވައިރުކުރުމަށް ބޭނުންވާ ސާމާނާއި އިލެޓްރިކްސިޓީއާއި ގުޅޭ ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް ސްކީމުގެ ދަށުން މިހާރު ލިބެން ހުންނާނެއެވެ. އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ސްކީމަކީ ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް މުދާ ނެގޭ ސްކީމެކެވެ.

"އުޖާލާ ދިރިއުޅުން" ސްކީމުގެ ދަށުން 400،000 ރުފިޔާގެ ނެގޭނެއެވެ. އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ހަ މަސް ދުވަސްވާންދެން އުޖާލާ ދިރިއުޅުމުގެ ސްކީމުގެ ފައިސާ ބޭނުން ކުރެވޭނެއެވެ. 

އެހެން ސްކީމްތަކާ ހިލާފަށް، "އުޖާލާ ދިރިއުޅުން" ސްކީމުގެ ދަށުން 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން މުއްދަތެއް ފައިސާދެއްކުމަށް ހިޔާރުކުރެވެއެވެ. އެ ސްކީމްގައި ބޭންކަށް ހުށަހަޅަން ޖެހެނީ ކޯޓޭޝަން އެކަންޏެވެ. ކޯޓޭޝަން ބޭންކަށް ހުށަހެޅުމުން އެ ދުވަހުން އެ ދުވަހަށް ސްކީމުގެ ތެރެއިން މުދާ ލިބޭނެ އެވެ.

]]>
Tue, 08 Nov 2022 17:06:19 +0500 ހީރަސް
އެސްޓީއޯގެ ހިންގުންތެރިކަން: ނަފާވެރިވުމުގެ ސިއްރު https://heerasnews.com/641 https://heerasnews.com/641 އެސްޓީއޯގެ ކާމިޔާބީގެ ސިއްރަކީ ކުންފުނީގެ ހިންގުންތެރިކަމެވެ. މުޅި ދުނިޔެ އޮތީ އިގްތިސާދީ ދަތިކަމެއްގެ ތެރޭގައެވެ. އެކަމުގެ ގޮންޖެހުންތައް އެސްޓީއޯއަށް ވެސް ކުރިމަތިވާނެއެވެ. ދުނިޔެ ދެކޭ ލޮޅުން ތަކުން އަރައިގަނެ އެސްޓީއޯ ނަފާވެރިކަންމަތީ ދެމިއޮންނަކަން ކިތަންމެ ރަނގަޅަކަށްވެސް ސާބިތުވެއެވެ. އެކަން ސާބިތުވަނީ އެއް ކުއާޓަރ އިން އަނެއް ކުއާޓަރއަށް ނަފާވެރި ކުންފުންޏެއް ގޮތުގައި ކުރިއަށް ދާތީއެވެ.  އާދަޔާހިލާފަށް ރަނގަޅަށް މެނޭޖުކޮށްގެން ކުރިއަށް ގެންދެވޭތީއެވެ. މި އަހަރުގެ 3 ވަނަ ކުއާޓަރގެ ރިޕޯޓުން އެކަނިވެސް އެކަން އެނގެއެވެ.

މިކަހަލަ ދަނޑިވަޅެއްގައި އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރީތައް ރަނގަޅަށް އިންތިޒާމުކޮށް އިސްރާފު ކުޑަކޮށް މެނޭޖުކުރުމަކީ ކުޑަކަމެއް ނޫނެވެ. މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރު މަކީ އަމްދުން އެންމެ އުދަގޫ އެއްކަމެވެ. އެހެން ނަމަވެސް ވިސްނުންތެރިކަމާ ރޭވުން ތެރިކަމާއެކު އެސްޓީއޯއިން އަންނަނީ އެކަންކަން ކުރަމުންނެވެ. އެކަމުގެ ހެއްކަކީ މިއަހަރުގެ ދެވަނަ ކުއާޓަރއަށް ވުރެ ތިންވަނަ ކުއަރޓަރގެ ހިންގުމުގައި 18 ޕަސެންޓްގެ ފައިދާއެއް ހޯދުމެވެ. 217 މިލިއަން ހިންގުމުގެ ފައިދާގެ ގޮތުގައި 2 ވަނަ ކުއާޓަރގައި ލިބިފައި އޮތް އޮތުން 3 ވަނަ ކުއާޓަރގައި 255 މިލިޔަން ރުފިޔާއަށް ބަދަލު ކޮށްލެވެނީ ލައްކަ ހުޝިޔާރު ވެގެންނެވެ.


ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވެ ފައިސާ ހޭދަކުރުން އިތުރު ވެފައިވާ ވަގުތެއްގައި ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ބޮޑުތަނުން ކުޑަކުރެވުނީ ފިސާރި ހިންގުންތެރިވެގެންނެވެ.

ނަތީޖާއެއްގެ ގޮތުން މުޅި ކުންފުނީގެ ސާފު ފައިދާ އިތުރުވެގެން ދިޔައީއެވެ. ދެވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި އޮތީ 458 މިލިއަން ރުފިޔާއެވެ. 13 ޕަސެންޓްގެ ކުރިއެރުމެއް ތިންވަނަ ކުއާޓަރގައި ލިބުނީ ހަމަ ހުރެފައެއް ނޫނެވެ. ވަރުގަދަ މެނޭޖުމެންޓެއްގެ ގާބިލުކަމާ ދުރު ވިސްނުމާ ހިންގުންތެރިކަމުންނެވެ. 3 ވަނަ ކުއާޓަރގެ ޖުމްލަ ފައިދާ  515 މިލިއަން ރުފިޔާ އަށް ބަދަލު ވެގެން ދިޔުމުގެ ހަގީގަތަކީ އެއީއެވެ. 

]]>
Mon, 31 Oct 2022 20:13:30 +0500 ހީރަސް