Maldives Real Time Facts & : މަދަރުސީ https://heerasnews.com/rss/category/މަދަރުސީ Maldives Real Time Facts & : މަދަރުސީ dv ކޮޕީރައިޓް: Heerasnews llp (P013622021) މޮޅުކުއްޖަކަށް ހެދުމަށް ކުއްޖާ ހަލާކޮށްނުލާ! https://heerasnews.com/1597 https://heerasnews.com/1597 ދިރާސީ އަހަރެއް ނިމި އާދިރާސީ އަހަރެއް އޯގަސްޓްމަހުގެ ތެރޭގައި ފެށޭއިރު ކޮންމެ ކުއްޖަކާ މެދުވެސް ބެލެނިވެރިން އުއްމީދު ކުރަމުން ދާނީ ނިމިގެން ދިޔަ ދިރާސީ އަހަރަށް ވުރެ ކާމިޔާބު އަހަރެއްގެ ގޮތުގައި ކުރިޔަށް އޮތް އަހަރު ހެދުމަށެވެ. ދިރާސީ އަހަރު ނިމުމުގެ މާކުރިން ވެސް ބެލެނިވެރިން މިކަމާ ވިސްނައި އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާ އެންމެ އެކަށިގެންވާ ރަނގަޅުގޮތް ހޯދާނެއެވެ. މިގޮތުން ދަރިވަރުންނަށް ޗުއްޓީވުމާއެކު ގިނަ ބެލެނިވެރިން ޗުއްޓިތެރޭގައި ވެސް ކިޔެވުން މެދުކަނޑާނުލުމުގެ ގޮތުން  ތަފާތު ޕްލޭންތައް ހަދާ އެގޮތަށް ޢަމަލު ކުރަމުން ދާނެއެވެ. އެއީ ސަބަބުތަކެއްވެސް ހުރުމުންނެވެ. ތިމާގެ ދަރިފުޅު މޮޅު ކުރުމަށްޓަކައެވެ. ދުނިޔޭގެ ފެންވަރުގަޔާއި ގައުމީ ފެންވަރުގައެވެ. އަދި ސްކޫލްގެ ފެންވަރުގައިވެސްމެއެވެ. އެހެންކަމުން މިޢަޒުމުގައި ބެލެނިވެރިން އެމީހުންގެ ދަރިން އުގެނުމުގެ ގޮތުން އެންމެ މޮޅު ދަރިވަރަށް ހެދުމަށްޓަކައި ހުވަފެންތަކެއް ދެކެއެވެ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އުގެނުމުގެ ގޮތުން އެކަންޏެއް ނޫނެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. އެހެންކަމުން އެއްކުއްޖަކަށް ކަނޑައަޅާ ޓާރގެޓް އަނެއްކުއްޖަކަށް ހަމަ އެފެންވަރުގައި ވުމަކީ ވެގެންވާނެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. ތިމާގެ ދަރިފުޅަށް ލިބިފައިވާ ގާބިލްކަމަކީ އެހެން ކުދިންގެ ކިބައިންވެސް ފެނިގެން ދާންޖެހޭނެ ކަމެއްގެ ގޮތުގައި ދުށުމަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ވަރަށް ބޮޑު އަމާނާތެކެވެ. އެއަމާނާތަށް އަޅުގަނޑުމެން ރައްކާތެރިވާން ޖެހޭނެއެވެ. އެދަރިންނަށް ކޮށްދެވެން ހުރި ހުރިހާކަމެއް އެބައެއްގެ ފެންވަރުން ކޮށްދޭންވާނެއެވެ. އޭގެ މާނަޔަކީ ދަރިފުޅުގެ ކިބައިގައި ނެތް ހުނަރެއް ނުވަތަ ގާބިލްކަމެއް ހޯދުމަށްޓަކައި އެދަރިފުޅުގެ ސިނކުޑީގައި ނެތް ފެންވަރުން މަސައްކަތް ކުރުމަށް ބާރު އެޅުމެއް ނޫނެވެ.

ދިރާސީ އަހަރަކަށް ކުރިމަތިލާއިރު ދަރިވަރުން އިތުރަށް މޮޅު ކުރުމަށްޓަކައި އެ ދަރިފުޅު ބަދަލުވީ ގްރޭޑްގެ ފޮތްތައް އެހެން ކުއްޖެއްގެ އަތުން ހޯދާ ބެލެނިވެރިންވެސް މަދެއް ނޫނެވެ. މިކަން މިގޮތަށް ކުރުމުގެ ބޭނުމަކީ އެ ގްރޭޑަށް ދާއިރު ދަރިފުޅު އިތުރަށް މޮޅުކުރުމެވެ. ކިޔެވުން ފެށޭއިރުވެސް ނަގައިދެވޭ ފިލާވަޅުތައް ދަރިފުޅަށް އެނގިފައި ހުރުމެވެ. މިފަދަ ކަންކަމަކީ އޭގެ ސަބަބުން ދަރިފުޅަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުންވެސް ލިބިދާނެ ކަންކަމެވެ. ސަބަބަކީ ފިލާވަޅު ކުރިޔަށް ނަގައިދީ މަސައްކަތް ފުރިހަމަ ކުރުވުމުން ދަރިފުޅު ކުލާހުގައި ފިލާވަޅަށްދޭ ސަމާލުކަން ކުޑަވުމެވެ. ޓީޗަރު އޮޅުންފިލުވާ ދޭއިރު ކަނުލާ އަޑު އަހަން ބޭނުން ނުވުމެވެ. ޓީޗަރުގެ އޮޅުންފިލުވައި ދިނުމުގައި ބުނެދޭ މަޢުލޫމާތު ދޭހަ ނުވުމެވެ. ދަރިފުޅަށް ކުލާހުގައި ހޭދަ ކުރަންޖެހޭ ވަގުތު ގިނަކަމުގެ އިހުސާސް ކުރެވުމެވެ. ފޫހިވުމެވެ. އަދި އޭގެ ސަބަބުން ބައެއްފަހަރު އެހެންކުދިންނަށް އުދަގޫކޮށްލާ ނުވަތަ ކުލާހުގައި މަޑުން ނުހުރެވުމެވެ. މިދެންނެވިފަދަ ކަންކަމީ ދަރިފުޅަށް ކުރާފައިދާއަށްވުރެ ގެއްލުން ބޮޑު ކަންކަމެވެ. ވުމާއެކު ދަރިފުޅު މޮޅުކުރުމަށްޓަކައިވެސް މިފަދަ ކަންކަން ކުރުމަކީ އެންމެ ރަނގަޅު ކަންކަމެއް ނޫނެވެ.

ދަރިންގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އަހަރު ފެށެންވާއިރަށް ޓިޔުޝަންދޭނެ ޓިޔުޓަރެއް ހޯދުމަކީވެސް ވަރަށް ގިނަ ބެލެނިވެރިންގެ ވިސްނުމެކެވެ. މިގޮތުން ޓިޔުޝަން ދިނުމަށްޓަކައި ވަކި އުމުރެއް ވަކި މާއްދާއެއް ނެތެވެ. ޕްރީސްކޫލްގެ އުމުރު ފުރާއިން ފެށިގެންގޮސް މަތީ ސާނަވީއާއި ހަމައަށެވެ. މީވެސް ބެލެނިވެރިން ވިސްނާލަންޖެހޭ ވަރަށް މުހިއްމު ކަމެކެވެ. ޕްރީސްކޫލް ދަރިވަރެއްގެ އުމުރު ދެ އަހަރު ބައިން ފެށޭއިރު ދަރިފުޅުގެ ސިކުނޑީގެ ވިސްނުން ތަރައްގީވެފައިވަނީ ނުވަތަ ސިކުޑީގެ ކެޕޭސިޓީއަކީ ކިހާވަރެއްތޯވެސް ބަލާލަން ޖެހެއެވެ. ސްކޫލްގެ ދަންފަޅި ނިމިގެން މިދެންނެވި ތުއްތު ކުއްޖާ ގެޔަށް އައިސް ޤުރުއާން ކުލާހަށް ދާންޖެހެއެވެ. ތާނަ ދަސްކުރުމަށް ދިވެހި ޓިޔުޓަރ ގާތަށް ދާންޖެހެއެވެ. އިގިރޭސިބަސް ދަސްކުރުމަށް އިގިރޭސި ޓިޔުޓަރ ގެއަށް ދާން ޖެހެއެވެ. މީގެ އިތުން ކެމްބްރިޖް ލެވެލްގެ ފައުންޑޭޝަން ކުލާސްތައް ހިންގާ ސެންޓަރު ތަކަށް ދާންޖެހެއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. މީ ފައުންޑޭޝަން ސްޓޭޖްގެ ތުއްތު ދަރިފުޅުގެ ޝެޑިޔުލްއެވެ. ބޭނުމަކީ މަތީގްރޭޑްތަކަށް ދާންވާއިރަށް ވަރަށް މޮޅު ކުއްޖަކަށް ހެދުމެވެ. އެހެންނަމަވެސް އެކުއްޖެއްގެ ސިކުނޑިއާއި އެކަށީގެން ނުވާވަރަށް މަސައްކަތް ކުރަންޖެހޭނަމަ ނަތީޖާއަކަށްވާނީ ދަރިފުޅުގެ ސިކުޑީގައި ހާސްކަން އިތުރުވެ ދަރިފުޅަށް ލިބިފައިވާ ގާބިލްކަމުގެ މިންވަރުވެސް ބޭނުން ނުކުރެވި ދިއުމެވެ. އުގެނުމަށް ފޫހިވުމެވެ. މިއީ ހަމަ އެކަނި ފައުންޑޭޝަންގެ މަރުހަލާގެ ދަރިވަރުންނަށް އޮތްކަމެއް ނޫނެވެ. ފަށާތަޢުލީމާ ސާނަވީއާއި މަތީ ސާނަވީ ދަރިވަރުންގެ ހާލަކީވެސް މިއެވެ. ވުމާއެކު ކޮންމެ ބެލެނިވެރިޔަކުވެސް ވިސްނަންވީ ޓިޔުޝަން ކޮންމެހެން ނަގަންޖެހޭ މިންވަރަށް ދަރިފުޅުގެ ހާލަތު އައިސްގެން މެނުވީ އެކަން ނުކުރުމަށެވެ. ތިމާގެ ދަރިފުޅަށް ތިމާ ނުދިން ލޯތްބާއި އަޅާލުން ދޭނީ އެހެން ކާކުހެއްޔެވެ؟

]]>
Thu, 06 Jul 2023 11:53:10 +0500 ނަޒޫ
ގައުމު ފާލަކަށް އަޅުވާ އުއްމީދު އާކޮށްދެއްވީ އިބޫ! https://heerasnews.com/1297 https://heerasnews.com/1297 ރައީސް ސޯލިހުގެ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތައުލީމް އުނގެނި، އީޖާދީ އުފެއްދުންތެރި ކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުމެވެ. ސާނަވީއާއި މަތީ ސާނަވީ ތައުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ގައުމުތަކުގެ ޔުނިވާސިޓީތަކުން ކިޔެވޭނެ ފުރުސަތު ހަމަޖައްސައިދިނީ، އެ މުހިންމު މަގުސަދު ހާސިލުކުރުމުގެ ބޭނުމުގައެވެ. މިއީ މަސައްކަތް ވެސް ދަސްކޮށްދޭން ޖެހޭ ޒަމާނެކެވެ.

ރައީސް ގަބޫލުކުއްރައްވާ ގޮތުގައި ވަޑާންކުރުން ވެސް، އޮޑި ދޯނި ފަހަރު ބަނުން ވެސް، ގެދޮރު އިމާރާތް ކުރުން ވެސް، މިއިން ކޮންމެ މަސައްކަތަކީ، އިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްގީކޮށްފައިވާ މަސައްކަތެކެވެ. މިއީ، ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް، މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫނެވެ. މިއީ މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއް ވެސް ނޫނެވެ.

ހަގީގީ ތައުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތައުލީމެވެ. ސްކޫލް މަރުހަލާގެ އެންމެ މުހިންމު އެއްކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުމެވެ. އިދިކޮޅު ފަރާތްތަކާ ހިލާފަށް އެމްޑީޕީގެ އަމާޒެއް އެބަ އޮތެވެ. ހަރުދަނާ ސިޔާސަތުތަކެއް އެބަހުއްޓެވެ. ވެރިކަމަށް އައީ އުންމީދު ތަކަކާ އެކުގައެވެ. އެކަން ހާސިލްކުރުމަށް، ޑިމޮކްރެޓިކް މިނިޒާމުގެ ތެރެއިން، އެންމެން ގުޅިގެން މުޅިން އާ ޤައުމިއްޔަތެއް ބިނާ ކުރުމަށް މަސްތްކަތް ކުރެއެވެ.

ވާދަވެރިން އެ އުޅުއްވަނީ އެއް ބޭފުޅެއް އަނެއްބޭފުޅެއްގެ ފުރާނައަށް ޓަކައެވެ. އެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކު ވީދާ ކަމުން ދާއިރު ޕާޓީގައި ރައީސްކަން ބޭނުންވާމީހުން ގިނަ ކަމުންނާއި ޖަލު ގޮޅިން އަންނަ ނޯޓްގެ ސަބަބުން ބަސްހުއްޓި ހަމަ ހިމޭން ވެފައި ތިބީއެވެ.  އިދިކޮޅުން އަޗާތަޅަން ތިއްބާ ދައުރުގެ ބާކީ އޮތް ތަނުގައި ރައީސް ސޯލިހުގެ ސަރުކާރުގެ އަމާޒަކަށްވީ ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ރައްޔިތުމީހާ ހަމަ އިސްކޮޅައް ނެގުމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަޒީފާގެ ފުރުޞަތުތަކެއް އުފެދޭނެ ބާވަތުގެ މަސައްކަތްތައް އިތުރުކޮށް ރައްޔިތުމީހާ ހިންދެމެލެވޭނެ މަގު ހޯދައި ދިނުމަށެވެ. ތަޢުލީމާއި މަސަތްކަތުގެ ދާއިރާ ރައީސް ސޯލިހް ވަނީ ރައްޔިތުން ހީނުކުރާ ވަރަށް ތަރައްގީ ކޮށްދެއްވާފައެވެ. ގައުމު ފާލަކަށް އަޅުވާ އުއްމީދު އާކޮށްދެއްވާފައެވެ.

]]>
Thu, 27 Apr 2023 19:16:33 +0500 ޒުރޫ
އިބޫގެ މައްޗަށް އަންނިއަށް ކުރިހޯދޭނީ ހުވަފެނުން https://heerasnews.com/738 https://heerasnews.com/738 ލޮނދި ހިކައެއްހެން އަންނި އަތުން އެމްޑީޕީ ދޫވެގެން އެހެރަ ދަނީއެވެ. ޕާޓީ މުށުތެރޭގައި ބާއްވަން ކުރިން ކުޅުނު ޑްރަމާ މިހާރު ކުޅެގެން ކޮންމެ ފަހަރަކު ގޮއްވާލަނީ އަމިއްލަ އަތަށެވެ. ޕާޓީގެ އިސްސަފުގައި އުޅުނު އެންމެން ކަތިލާ އަޅާލިގޮތް ބަލަން ތިބި މީހުން އަންނިގެ ގޭމް ޕްލޭން ދަސްކޮށް ފިއެވެ. އެ ކެއްސެއް އަބަދަކު އެންމެންނަކަށް ނުދެވޭނެއެވެ.

އާނއެކެވެ. އަންނިގެ ހީލަތާ މަކަރުން ސަންދާނު މީހުންގެ ދުވަސް ދުއްވާލިއެވެ. އިބްރާއާއި މުނައްވަރާއި ވަހީދުގެ މަގުބޫލުކަން ވެއްޔާ މޮޑެލިއެވެ. މުހައްމަދު ޝިހާބާއި ގޯގޯލަތީފާއި އިބްރާހީމް ހުސައިން ޒަކީގެ ވާގި ނައްތާލިއެވެ. އަލްހާނާއި އަލީވަހީދާއި ޑރ.ޑީޑީއާއި ބަކީ ކޮށްލިއެވެ. އިލްޔާސް ހުސައިން އިބްރާހީމާއި ފުރަހަނި ޝުއައިބާއި މީމު ސައްޕޭއާއި ހިސްޓޯއާއި އަދުނާން ހަލީމެއް މިއަދަކު ނެތެވެ.

ނޭނގުނު ކަމަކީ ކަންކަން އަބަދު އެއްގޮތަށް ނޯންނާނެ ކަމެވެ. މަހެއް ފަހަލާނެ މަހެއް ހުރެދާނެއެވެ. ކަޅުއޮށު ބަނޑުދަށުން ކޮރަކަލި ބޮޑުވެ ކަޅުއޮއް ކާލާކަން ނޭނގުމަކީ މޮޔަކަމެވެ. ބޭޒާރުކޮށް ބޭކާރުކޮށް ފޮނުވާލުމަށްފަހު ބުނެ ކިޔައިގެން ރަނިންގ މޭޓަކަށް ވަހީދު ގެނެސް ރަނިންގ މޭޓްކަން ދިނުމުން ދިން ކެހި ހަނދާން ހުންނަންވާނެއެވެ. އެކަމަކު  ޑރ. ވަހީދުގެ ބަދަލު ހިފުމުން ރަނގަޅު ފިލާވަޅެއް ލިބުމުން އަދިވެސް ތިޔަ އުޅެނީ މައިތިރި ނުވެވިގެންނެވެ.

އެކަކަށް އެކައްޗެއް ވެސް މިހާރަކު އޮޅިފައެއް ނެތެވެ. ތިޔަހެން އުޅެއުޅެ ހުއްޓާ އެކީ ތިބި އެންމެންހެން އަންނި ދޫކޮށްލައިފިއެވެ. ނައިބު ކަލޭގެވެސް އެހުރީ އެއްވަލަށް ހަދައިގެނެވެ. ޕާލަމަންޓުގެ ބާރު އަތުން ހިނގައްޖެއެވެ. ގައުމީ މަޖީލީހުގެ ކޮންޓްރޯލު ގެއްލިއްޖެއެވެ. ސެކްރެޓެރިއޭޓް ވެސް އަތުން ދޫވެއްޖެއެވެ. ކުރަން އުޅޭ އެއްކަމެއް ވަނީއެއް ނޫނެވެ. ޕާޓީ ގަނޑު އަތުން ބީވެ މަގުމަތިވެ ނިމެނީއެވެ. ޕާޓީ ތެރެއިން ރޮޒޭނާއާއި ފައްޔާޒު މައްޗަށް ކުރި ނުހޯދުނެވެ. ތިޔަ ވަރުން ދަންޏާ އިބޫގެ މައްޗަށް އަންނިއަށް ކުރި ހޯދޭނީ ހުވަފެނުންނެވެ.

]]>
Sat, 26 Nov 2022 12:50:55 +0500 ހީރަސް
އަދުރޭއަށް ކެހިދޭން ޔާމީނު ވައުދު ވެއްޖެ! https://heerasnews.com/627 https://heerasnews.com/627

ޔާމީނާ ކޯލިސަން ހަދައިގެން އުޅެނީ އަދުރޭއެވެ. އެނޫން މީހަކު ޔާމީނާ ކޯލިސަން ހަދައިގެން އުޅެނީއެއް ނޫނެވެ. އަމްދުން އެ ދެއްކި ވާހަކަ އަކުން އެހެން ބަޔަކު ކޯލިސަން ހަދާކަށް ވެސް ނޫޅޭނެ ތާއެވެ. ފުރަގަހު ބެނާގައި ޕީޕީއެމް-ޕީއެންސީ ޖަހައިގެން ހުރެ ކުރިއަށް އޮތް އެއްވެސް އިންތިހާބެއްގައި އެހެން ބަޔަކަށް ވާދަކުރަން ގޮނޑިއެއް ދޫކޮށް ނުލާނެ ކަމަށް ޔާމީނު ބުނީ ނޭނގިގެން ނޫންކަން ޔަގީނެވެ. އެހެން ޕާޓީ އަކަށް އެއްވެސް ގޮނޑިއެއް ދޫނުކުރާނެ ކަމަށް ޔާމީން އެ ބުނީ ވަރަށް ފާޅުގައެވެ. އެހެން ޕާޓީތަކާ ކޯލިޝަން ހެދިޔަސް، ދެން އެއްވެސް ދާއިރާއެއްގެ އެއްވެސް ގޮނޑިއެއް އެހެން ޕާޓީ އަކަށް ދޫކޮށްނުލާނެ ކަމަށް ޔާމީން އެ ބުނަނީ ފިސާރި ގަޓު ހުރެގެންނޭ ހީވެއެވެ.

ކައުންސިލް އިންތިހާބުގެ ކައުންސިލް ގޮނޑިއެއްހާ ހިސާބު ވެސް ދެނެއް އިއްތިހާދުގެ ޕާޓީއަކަށް ދޫނުކުރާނެ ކަމަށް ބުނަމުން ރައްޔިތުންގެ މަޖިލިސްގެ މެމްބަރުކަމަކީ އެއަށް ވުރެ މާ ސީނިއާ ކަމެއްކަމަށް ޔާމީނު ބުންޏެވެ. އެހެން ވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ވެސް އެއްވެސް ދާއިރާ އަކުން ދޫނުކުރާނެ ކަމަށް އަޑަށް ބާރުލާފައި ބުންޏެވެ. ޔާމީން ބުނާ ގޮތުން ދ. އަތޮޅާއި ނ. އަތޮޅަކީ ކުރިން އެމްޑީއޭއަށް ދޫކޮށްލާފައި އޮތް ދެ އަތޮޅެވެ. އެކަމަކު ދެން އެ ގޮތަށް އަމަލު ނުކުރާނެ ކަމަށް ބުނެ ސަންޓްރެވަލް ޝިޔާމަށް ވެސް ކޮޅުއެއްލިއެވެ.

އެ ދުވަހަކުން ހުރިހާ ގޮނޑި އެއްގައި ބަގުޑި ބައްދައިގެން އޮންނާނީ ޔާމީނު ކަމަށް ރަށު ތެރޭގައި ކުދިން ކިޔާ އުޅެއެވެ. ފައިސާއާއި ބަރާ ހެދި ބޯ ސަކަރާތް ވަނީ ތޯއްޗެކޭ ކިޔާ މީހުންވެސް މަދެއް ނޫނެވެ. ޔާމީނު ދޫ ނުކުރިއްޔާާ އެހެން މީހަކަށް ގޮނޑިއެއް ނުލިބޭނެތޯ ސުވާލު ކުރާމީހުން ވެސް އުޅެއެވެ. ހުދުމުހުތާރުކަމާ އަނިޔާވެރިކަން އިތުރަށް ކިޔައިނުދިނަސް ރައްޔިތުންނަށް ކަންކަން ވަރަށް ސާފެވެ. ޕާޓީތަކުން ކޯލިޝަން ހަދަނީ އެ މީހުންނަށް ވެސް ފައިދާ ތަކެއް ވާތީއެވެ. އެހެން ނޫނީ ވިއްޔާ ވަކި ޔާމީނާ އެއްކޮށް ކޯލިޝަން ހަދަންވީ ސަބަބެއް ނެތެވެ.

ގޮނޑިއެއް ކީއްކުރަން ހެއްޔެވެ. އެއްވެސް ފައިސާއެއް ވެސް ދޫނުކުރާށެވެ. ދޫކޮށްފިއްޔާ ޔާމީނަށް މަދުވާނެއެވެ. އެކަމަކު ރައްޔިތުން ޔާމީނަށް ގޮނޑިއެއް ދޭނެބާއޭ ހިތަށް އަރައެވެ. ގަދަބަސް ބުނާއިރު ހީވަނީ 2023 ކާމިޔާބު ކޮށްގެން އަރާ ހުންނަ ހެންނެވެ. އެރުނިއްޔާ އެރިފައި ޔާމީނަށް ތިޔަ ހުރެވެނީ ޒާތެއްގެ އެއްޗަކަށެވެ.

ޕީޕީއެމް އާއި އެކު މިހާރު އިއްތިހާދު ވެގެން މަޖިލިސްގައި ތިބީ ޕީއެންސީ މެންބަރުންނެވެ. ޔާމީނު މި ދައްކަނީ ފައިނު މާވަޑި އާދަނުމެން މަގުމަތިކޮށްލާނެ ވާހަކައެވެ. އާދަނުމެން ހުޅުބު ފައިބާ އިރުވެސް އެފަތަނީ ޔާމީނައިގެންނެވެ. އެކަމަކު އަދުރޭ ދެކެ އަރާފައިގެންފައި ހުރި ރުޅީގެ ވަރުން މިހާ ކުރިން ޔާމީނު އެ ހުރީ ފުފޭވަރެވެ. 

މި ވާހަކަ ދައްކައިގަތީމާ މި ވާހަކަވެސް ކެންސަލް ކުރާނެއެވެ. އެކަމަކު އާހިރުގައި ކަންތައް ކުރާނީ ޕީއެންސީއަށް ވެސް އިންތިހާބެއްގައި ވާދަކުރަން ޖާގަ ނުދޭ ގޮތަށެވެ. 

]]>
Fri, 28 Oct 2022 01:10:20 +0500 ހީރަސް