Maldives Real Time Facts & : ވައްޓަފާޅި https://heerasnews.com/rss/category/ވައްޓަފާޅި Maldives Real Time Facts & : ވައްޓަފާޅި dv ކޮޕީރައިޓް: Heerasnews llp (P013622021) އޮޓޯއިމިއުން ކޮންޑިޝަން: ފަރުވާއަކީ ކެއުން ރަގަޅު ކުރުން https://heerasnews.com/1964 https://heerasnews.com/1964
  • މި ބަލިތައް ރަގަޅުވަނީ ކެއުމަށް ގެންނަ ބަދަލަކުން
  • ގޮހޮރުގެ ސިއްހަތު ރަގަޅު ކުރަންޖެހޭ
  • ~ ހިލް ހިލްމީ ~  

    ބަނޑުގައި ރިއްސުން، ބޮލުގައި ރިއްސުން، (މައިގްރެއިން) ބޭރަށް ހިންގުން، އެސިޑް ރިފްލަކްސް، އެކްޒިމާ، ޒޮރިއާސިސް، ވަރުބަލިވުން، އެޕްލެޕްސީ، މަލްޓިޕްލް ސްކެލޮރޯސިސް،  ޑައަބެޓީސް (ހަކުރުބަލި) ހުޅުގައި ރިއްސުން ނުވަތަ އާތުރައިޓިސް ފަދަ ހުރިހާ ނިޝާންތަކަކީ ނުވަތަ ހާލަތްތަކަކީ އަދި ނުވަތަ ކޮންޑިޝަނަކީ އޮޓޯއިމިއުން ކޮންޑިޝަން ނުވަތަ ބައެއްމީހުން ކިޔާގޮތުންނަމަ އޮޓޯއިމުން ބަލިތަކެވެ. މިދެންނެވުނީ މި ބާވަތަށް ފެތޭ ގިނަ ކަންކަމުގެ ތެރެއިން މަދު ކަމެއްގެ ވާހަކައެވެ. މިއިންކަމެއް ގިނަދުވަހު ހުރެއްޖެނަމަ ޑޮކްޓަރަށް ދައްކައިގެން ޓެސްޓުތައް ހެދުމަކީ މުހިންމު ކަމެކެވެ. އެއީ ހަށިގަނޑުގައި އިތުރު ބައްޔެއް ހުރިތޯ ބެލުމަކީ މުހިންމު ކަމަކަށްވާތީއެވެ. 

    މިކަންކަން ދިމާވާ ސަބަބަކީ ބަނޑުގެ ސިއްހަތު ނުވަތަ "ގަޓް ހެލްތު" ގޯސްވުމެވެ. ޑައިޖެސްޓިވް ސިސްޓަމަށް ނުވަތަ ހަޖަމް ކުރާ ނިޒާމުގަ އާއި ޖުމްލަކޮށް ބަނޑުގައި އަދާކުރަމުންދާ މުހިންމު ދައުރަކަށް ނޭދެވޭ ބަދަލު އައިސް ބަނޑުގެ ފުރިހަމަކަމަށް   ބަދަލެއްގެ ސަބަބުންނެވެ. އުފާވެރި ޚަބަރަކީ މިހުރިހާ ކަމަކީވެސް ހައްލުކުރެވޭ ނުވަތަ ރިވާސްކުރެވޭ ވާހަކައިގެ ޚަބަރެވެ. އަހަރުމެންގެ ދިފާއީ ނިޒާމު ފުރިހަމަވުމުގައި 70 އިންސައްތަ އެހީތެރިވަނީ ގޮހޮރުންނެވެ. މި އިންސައްތައިގެ ޒިންމާ ގޮހޮރުން ނަގާއިރު ގޮހޮރުގެ ސިއްހަތު ނުވަތަ ގަޓުހެލްތު ރަނގަޅަށް ހުރުމަކީ ލާޒިމް ކަމެކެވެ. ޚަޖަމްކުރާ ނިޒާމުން އުފައްދާ ސެރޮޓިން އަކީ އަހަރުމެންގެ ނާރވް ސެލްތަކުން ސިކުނޑިއަށް މެސެޖް ގެންދިއުމުގެ މުހިންމު ދައުރު އަދާކުރާ ކެމިކަލެކެވެ. ޑޮޕަމިން އަކީ ވެސް ހަމަ މި ނިޒާމުން އުފައްދާ އެފަދަ މުހިންމު ނިއުރޯޓްރާސްމިޓަރ އެކެވެ ނުވަތަ ކެމިކަލެކެވެ. މުޅި ސިއްހަތަށް ބޭނުންވާ މިމުހިންމު ނިއުރޯޓްރާންސމިޓަރސް އުފެއްދުމުގެ 90 އިންސައްތަ އުފައްދަނީ އަހަރުމެންގެ ގޮހޮރުގެ ނިޒާމުންނެވެ. ނުވަތަ ގަޓުންނެވެ. ގަޓްހެލްތު މުހިންމުވަނީ މިފަދަ ސަބަބުތަކައްޓަކައެވެ. ގަޓުހެލްތު ގޯސްވުމުން ހަށިގަނޑުގެ އެތަކެއް ކަމަކަށް ބޮޑެތި ބަދަލުއާދެއެވެ. އެކިއެކި އުނދަގޫތަކާއި ތަދުތަށްވާންފަށައެވެ. ރިއްސުމާއި ހަމުގެ މައްސަލަތަށް، ހަކުރުބަލިފަދަ ބަލިތަކާއި ތައިރޮއިޑް އަދި މައިގްރެއިންގެ މައްސަލަތަށް ކުރިމަތިވެއެވެ. ކުރުކޮށް ދަންނަވާނަމަ ދިފާއީ ނިޒާމަށް އަންނަ ނޭދެވޭ ބަދަލުގެ ސަބަބުން ހީނުކުރާ އެތައްކަމެއް ދިމާވާން ފަށައެވެ. އެކިމީހުންނަށް ކުރިމަތިވަނީ އެކި ކަންކަމެވެ. ނުވަތަ މިހުރިހާ ކަންކަމެވެ އަދި ނުވަތަ މިއިން ބައެއް ކަންކަމެވެ. ކޮންމެ ހަމައަކުން ވިޔަސް މިފަދަ ކަންކަން ބަލީގެ ގޮތުގައި  ހިފައިގެން ތާއަބަދު އުޅެންޖެހިފައިވާ މީހުން މަދެއްނޫނެވެ. މިކަމުގެ ހައްލު ހޯދުން ފަސޭހަކަމުގައިވިއަސް ގިނަފަހަރު ކަމުގެ އަސްލަށް އެޑްރެސް ނުކުރެވޭތީ ބަލީގައި ދެމިގޮސް ނިކަމެތި ހާލަތަށްދެއެވެ. 

    ކުރިންވެސް ދެންނެވިފަދައިން މިދެންނެވި ބަލިތަށް ރަގަޅުކުރެވޭނީ އެކަން ދިމާވާންޖެހުނު އަސްލަށް ބިނާކޮށް ކުރެވޭ މަސައްކަތަކުންނެވެ. އެނޫންގޮތަކަށް ރަގަޅުކުރެވޭނެ އެއްވެސް  ހަމައެއް ނެތެވެ. ބައެއްފަހަރު އެކިއެކި ބޭސް ބޭނުންކުރިއަސް ހައްލު ނުފެންނަނީ މިދެންނެވި ސަބަބުތަކާއިހުރެއެވެ. ބަނޑުގައި ރަގަޅު އަދި ގޯސް (އެހެންގޮތަކަށް ދަންނަވާނަމަ ގުޑް އަދި ބޭޑް ބެކްޓީރިއާ) ހުރެއެވެ. ގުޑް ބެކްޓީރިއާ އާއި ބޭޑް ބެކްޓީރިއާ އާއި ދެމެދު ރަގަޅު ބެލެންސެއް ނެތްނަމަ ބޭޑް ބެކްޓީރިއާ އިން އުފައްދާ ކެމިކަލެއް ގޮހޮރުގެ މުހިންމު ފަށަލައެއް ހަލާކުކޮށްލައެވެ. މިކަމަށް އިންޓެސްޓިނަލް ޕާމިއަބިލިޓީއޭ ކިޔައެވެ. އެނޫން ގޮތަކަށް ބުނާނަމަ މިއީ "ލީކީ ގަޓް" ގެ ގޮތުގައި ބުނެއުޅޭ ހާލަތެވެ. މިހެންވުމުން ގޮހޮރުގެ ހަންފަށަލަ ހަލާކުވެ އާންމު ހާލަތުގައި ނުވާންޖެހޭ ގޮތަކަށް ގޮހުރުގައި ކުދިކުދި ފާރުހެދި ނުވަތަ ހަލާކުވެ ނުވަތަ ކަނޑައިގެންގޮސް މި ލޯވަޅުތަކުން ނުދާންޖެހޭ ގޯސް ކެމިކަލްތަށް ލޭގެ ނިޒާމުގެ ތެރެއަށް ދާންފަށައެވެ. ނުވަތަ ޓޮކްސިން ލޭގެ ނިޒާމަށް ދައުރުކުރުވައެވެ. މިހެންވުމުން ހީނުކުރާ އެތަކެއް ބަލިތަށް ނުވަތަ ކޮންޑިޝަން މެދުވެރިވާން ފަށައެވެ. މިއަށް އެހެން ގޮތަކުން ދަންނަވަނީނަމަ އިންފްލޭމް ވަނީއޭ ބުނެއެވެ. އަދި މިހެންވުމުން ބައެއް ކާނާއަށް މާބޮޑަށް ސެންސިޓިވްވެ ކުރިން ކަމުދިޔަ ކާއެއްޗެހި ކެއުމަކީ ސިއްހަތަށް ހުރި ގެއްލުމަކަށް ވެދެއެވެ. އަހަރުމެންގެ ގޮހޮރަށް ބޭނުންވަނީ ޚަޖަމް ނިޒާމުގައި ގުޑް ބެކްޓީރިއާ ގިނަކޮށް ބޭޑް ބެކްޓީރިއާ މަދުކުރުމެވެ. 

    މިކަންކުރުމަށް އޮތް ހަމަ އެންމެ މޮޅު އަދި ހަމައެކަނި ގޮތަކީ ކެއުމަށް ބަދަލު ގެނައުމެވެ. ބަނޑުގައި ހުންނަންވާ ހަމައިގެ މަތީން ބެކްޓީރިއާ ބެހެއްޓުމަށް އެންމެ މޮޅުގޮތަކީ މިދެންނެވި ފަދައިން ކެއުމުގައި ޕްރޮބައޮޓިކްސް އެކުލެވުމެވެ. ކާ ކޮންމެ ފަހަރަކު ނޫނަސް މިބައި ކޮންމެވެސް ވަރަކަށް ހިމެނޭތޯ ބެލުން މުހިންމެވެ. ޔޯގަޓް (ނޭޗުރަލް) ފަދަ ޕްރޮބައޮޓިކްސް ބޭނުން ކުރުމުން ގުޑް ބެކްޓީރިއާ ބަނޑުގައި އުފައްދައެވެ. މިފަދަ ޚާއްސަ އެއްޗެއް ކެއުމުގެ އިތުރުން ފައިބަރ ގިނަ މޭވާ އާއި ތަރުކާރީ އަދި ގްރެއިންސް ގެ ބާވަތްތައް ބޭނުންކުރަންޖެހެއެވެ. އެހެން ނަމަވެސް އޮޓޯއިމުންގެ ސަބަބުން ދިމާވެފައިވާ ބައްޔެއް  ނުވަތަ ކޮންޑިޝަނެއްގެ ސަބަބުން މިބާތްތަކުގެ ކާނާއިން އެފަދަ މައްސަލައެއް ހައްލު ކުރުމައްޓަކައި ނުކައި ދޫކުރަންޖެހޭ ބާވަތް ހުރެއެވެ.  އެއާއިމެދު އިތުރަށް މައުލޫމާތު ހޯދާ ބެލުމަކީ މުހިންމުކަމެކެވެ. 

    ސިއްހަތު ރަގަޅަށް ބެހެއްޓުމަށާއި މިދެންނެވި އޮޓޯއިމުން ކޮންޑިޝަންގެ ބަލިތަކަށް ފަރުވާ އޮތީ ކެއުމަށް ގެނެވޭ ބަދަލަކުންނެވެ. އެކެއުމުގައި ދުވަސްކޮޅަކު ހުރެލުމުން އެ ބަދަލު ފެންނަންފަށައެވެ. ކެއުމުގައި ހޯލްފުޑްސް ނުވަތަ ބަދަލެއް ނުގެނެސް ހުންނަ ގުދުރަތީ ކާނާ ކެއުން ލާޒިމެވެ. މިދެންނެވި ތަރުކާރީގެ ބާވަތްތަކަކީ ރަގަޅު ކާނާއެވެ. ނުކައި ދުރުވާންޖެހޭ ކާނާ އެއްކޮށް ދޫކޮށް މިގޮތުގައި މަޑުކުރަންވީއެވެ. ޕްރޮސެސްކުރި، ދަޅުގައިވިޔަސް އެހެން ގޮތަކުން ވިޔަސް ބަންދުކުރި ކާނާ ނުކާންވީއެވެ. ބަނޑުގައި ހުންނަ މައިކްރޯބައޯމް ފަށަލަ ހަލާކުވިޔަނުދީ އޭގެ ފެންވަރު ރަގަޅު ކުރެވޭނީ ކައިބޮއެއުޅޭ ގޮތަކުންނެވެ. މިދެންނެވި ބަލިތަކަށް ބޭހެއްނެތެވެ. މި ބަލިތަކަށް ފަރުވާ އޮތީ މިދެންނެވި ހަމައިގައި ހުރެގެންނެވެ. އިންސާނާއަށް އޮތް އެންމެ ރަގަޅު ކާނާއާއި ފަރުވާ އޮތީ ގުދުރަތުން ލައްވާފައިވާ ކާނާގައެވެ. ފަރުވާ ލިބި ޒަމާންގަނޑެއް ފަހުން ހަފުލާއެއްގައި އަތުޖެހުނު އެއްޗެއް ކާލިއެއްކަމަކު ދާއިމީ ކެއުމަކަށް ހަދަންވީ ހަށިގަނޑަށް ފައިދާހުރި މިފަދަ ބަލިތަކުން ދުރުކުރާ އަދި މިފަދަ ބައްޔެއް ހުރެއްޖެނަމަވެސް ފަރުވާ ލިބޭނެ ގޮތަށެވެ. ފަރުވާއޮތީ ކެއުން ރަގަޅުކުރިވަރަކުންނެވެ. ކެއުމަށް ބަދަލު ގެނެސް ކައިބޮއެ އުޅޭގޮތަކުންނެވެ.

    ]]>
    Thu, 02 Nov 2023 10:04:04 +0500 ހީރަސްނިއުސް
    މެޓަބޮލިކް ސިއްހަތަށް ރަނގަޅީ ވައްޓަފާޅި ބަދަލުކުރުން https://heerasnews.com/1929 https://heerasnews.com/1929 މެޓަބޮލިކް ސިއްހަތު ރަގަޅުކުރެވިގެންނޫނީ އެއްވެސް ބައްޔަކަށް ދާއިމީ ފަރުވާއެއް ނެތެވެ.

     ~ ހިލް ހިލްމީ ~

    ފިޒިކަލް ފިޓްނަސް ފަދައިން މެޓަބޮލިކް ހެލްތު ނުވަތަ މެޓަބޮލިކް ފިޓްނަސް ރަނގަޅު ކުރެވޭނީވެސް އެއްގޮތަކަށް ތަރުތީބެއްގެ މަތީން ކުރާ މަސައްކަތަކާއިއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެންނެވެ. ދުވުމުގެ ޕްރޮގްރާމެއް ފެށުމުން ބުންވަރަށާއި ދުވުމުގެ ފެންވަރަށް ކުރިއެރުން އިތުރުވާ ފަދައިން، ލައިފްސްޓައިލް ނުވަތަ އުޅުންބުޅުން ބަހައްޓާ ގޮތަކުންނާއި އެކު ކެއުންބުއިމަށް ވެސް ގެންނަ ބަދަލަކުން ކާޑިއޯމެޓަބޮލިކް ސިއްހަތާއި ހަށިގަނޑުގެ ކޮމްޕޮޒިޝަން އަދި މޫޑަށް ހެޔޮ ބަދަލުތަކެއް އަންނަންފަށައެވެ. މެޓަބޮލިކް ފިޓްނަސް މަޑުމަޑުން ރަނގަޅުވާން ފަށައެވެ. އެހެން ނަމަވެސް ދުވުން ހުއްޓާލުމުން ދުވުމުގެ ފެންވަރު ވެސް ދަށްވާ ފަދައިން މިދެންނެވި ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ކެއުމުގެ ހަމަތަށް ދޫކޮށްލުމުން ނުވަތަ މިދެންނެވި ހެޔޮ އާދަކާދަތަށް ހުއްޓާލައިފި ނަމަ ވަގުތު ފާއިތު ވަމުން ދާވަރަކުން ކުރިން ހެޔޮ ބަދަލު ގެނެވުނު މެޓަބޮލިކް ފިޓްނަސް ވެސް ދަށްވާން ފަށައެވެ.

    މެޓަބޮލިކް ސިއްހަތު ރަގަޅު ކުރުމަކީ ނުވާވަރު ބުރަބޮޑު ކަމެއްނޫނެވެ. ސިއްހަތަށް ކަމުދާކަހަލަ ފައިދާހުރި ތަރުކާރީގެ ބާވަތްތައް ކެއުން އާދަކުރުމާއި ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތުކޮޅަކު ހިނގާލުމާއި ނިދުމުގެ އާދައަށް ބަދަލު ގެނައުމުން ދުވަހެއް ދުވަހަކަށް ސިއްހަތު ދާނީ ރަގަޅު ވަމުންނެވެ. ވިސްނުމުގައި ބަހައްޓައިގެން އެންމެ ސަމާލުކަން ދޭންޖެހޭ ކަމަކީ ޕްރޮސެސްކުރި (ބަންދުކޮށްފައި ހުންނަ) އެއްޗިއްސާއި މުޅިން ދުރުވުމާއި ތެލުލި އެއްޗިހި ކެއުން ހުއްޓާލުމެވެ. މިކަން ނުކުރާންވީ ސަބަބެއްނެތެވެ. އެހެނީ މިއިން އެއްވެސް ބާވަތެއްގެ ކާނާއަކީ ހަށިގަނޑަށް ކުޑަނަމަވެސް ފައިދާއެއް ހުރި އެއްޗެއްނޫނެވެ.

    ނަލަ ރަންކުލަ އަރުވާފަ އުފައްދާފަ ހުންނަ ކުކިންގއޮއިލް ތަކަކީ ސިއްހަތަށް ނުހަނު ގިނަ ގެއްލުންދޭ އެއްޗެކެވެ. ތަރުކާރީކޮޅު ހަދާލަންވެސް ތެލަކަށް ބޭނުން ކުރަންވީ ވީހާވެސް ފެންވަރު ރަގަޅު އޮލިވް އޮއިލް ކޮޅެކެވެ. ބޭނުން ކުރާނީ ވަރަށް ކުޑަ މިންވަރެއްގެ ތެޔޮ ފޮދެކެވެ. މަޑުގިނީގައި މިތެލުން ކައްކާނީ ތަރުކާރީކޮޅު ކިރިޔާ ރޯފިލާ ވަރަށެވެ. އެހެރީ އެންމެ ފައިދާހުރި ކެއުން ތައްޔާރު ކުރެވިފައެވެ. މިކެއުން ތަފާތު އެކި ތަރުކާރި އެކިދުވަހު ތަފާތު ކޮމްބިނޭޝަންގައި ތައްޔާރުކޮށް ކުޑަ މަސްކޮޅެއް ވެސް އެއްޗިހިތަކެއް ނޫގުޅާ ފިހެލާފަ ކެއުމުގައި ބޭނުންކުރުމަކީ އެންމެ މޮޅުގޮތެވެ.

    މި ބުނެވުނު ހަމައިގެ މަތީން ކާން ފެށުމުން މިކެއުމަށް ހަށިގަނޑު ވަރަށް އަވަހަށް ފަރިތަވެއެވެ. އަދި މި ގޮތަށް ކެއުމުން ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނެރަލްސް ލިބޭތީ "ޖަންކް ފުޑް" ނުވަތަ ޓޮކްސިކް ފުޑް ކެއުމަށް ކްރޭވް ވުން ނުވަތަ ކަވައިގަތުން އެކުގައިހެން ވަރަށް އަވަހަށް ފިލައިދެއެވެ. ހީވެސް ނުކުރާހާ އަވަހަށް މިގޮތަށް ހަށިގަނޑު ފަރިތަވެއެވެ. ބަޔަކު ކާތަން ފެނުނަސް މިދެންނެވި، ފައިދާ ކުޑަ ގެއްލުން ބޮޑު އާންމު ކެއުން ކާހިތް ކެނޑިދެއެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ސިފަ ރީތިވެ، ބަރުދަން ހުންނަންވާ ވަރަށް ލުއިވެ، ސަރުބީ ނެތިގޮސް ސިއްހަތު ރަނގަޅުވާން ފަށައެވެ. އިތުރަށް ރީތިކޮށް ހުރުމަށް ރޭވުންތެރި ކަސްރަތު ތަކެއް ކުރުމުން ހަށިގަނޑު ވަރަށް ފުރިހަމަވެއެވެ.

    މެޓަބޮލިކް ސިއްހަތު ރަނގަޅު ވަމުން އަންނަތަން ހަށިގަނޑުގެ ބޭރުފުށުގެ ސިފަ ބަދަލުވާއިރު ފެންނަހެން ނުފެނެއެވެ. އެހެން ނަމަވެސް ހަށިގަނޑުގެ އެތެރޭގައި އިންތިޒާމް ވެފައިވާ ސަރުބީއާއި ގުލްކޯޒް ހަކަތައަށް ބަދަލު ކުރުމުގައި ހަރަކާތްތެރިވާ މައިކްރޯސްކޯޕިކް މެޝިނަރީއިން ހިންގާ މަސައްކަތް ވަރުގަދަވެފަ ހަށިގަނޑު އަރާމް ކުރުމުގެ މަރުހަލާގައި ހުންނައިރު މެޓަބޮލިކް ރޭޓް ރަނގަޅުވެއެވެ. ނަތީޖާއެއްގެ ގޮތުން ސިއްހަތު ރަގަޅުވެ، ހަށިގަނޑު ރީތިވާލެއް އަވަހެވެ.

    ޖިސްމާނީ ގޮތުން ނުވަތަ ހަށިގަނޑު ފިޓުކޮށް ރީތި ކުރުމަށް ގަވައިދުން ކަސްރަތު ކުރުން ކޮންމެހެންވެސް މަޖުބޫރެވެ. މިކަން ކުރުމުގައި އެންމެ ފުރިހަމަ ނަތީޖާ ނެރެވެނީ ރެސިސްޓެންޓް ޓްރެއިނިންގ (ކޮންމެވެސް ވަރެއްގެ ބަރުދަނެއް ބޭނުންކޮށްގެން ކުރާ ކަސްރަތު) ހައި އިންޓެންސިޓީ އިންޓަވަލް ޓްރެއިނިންގ (HIIT) އަދި އިތުރަށް އެންޑުރަންސަށް ބިނާކޮށް ކާޑިއޯ ވެސްކިއުލާރ ނިޒާމަށް ކުރާ ކަސްރަތު އެއްކޮށް ލުމުންނެވެ. މީގައި މިއޮތް އެންޑުރަންސް ބައިގައި ހިމެނޭ ކަސްރަތު ތަކުގެ ތެރޭގައި ދުވުން، ބައިސިކަލް ދުއްވުން، ފެތުން، ސިޑިން އެރުން، ޓެނިސް/ބެޑްމިންޓަން ފަދަ ކުޅިވަރު ކުޅުން ހިމެނެއެވެ.

    މެޓަބޮލިކް ސިއްހަތު ރަނގަޅު ކުރުމަށް ކުރާ ކަންކަމަކީ މާބޮޑު ކަމެއް ނޫނެވެ. ނިދި ރަގަޅު ކުރުން، ސްޓްރެސް މެނޭޖު ކުރުން (މިކަމާއި މެދު ވަކިން އާރޓިކަލް އެއް ލިއަން ގަސްތުކުރަމެވެ.) ޖިސްމާނީ ހަރަކާތްތެރިކަން އާދަކޮށް މެޓަބޮލިކް ސިއްހަތަށް ބުރޫއަރާ ކެއުމާއި މާހައުލުން ދުރުވެލީމަ ރަނގަޅު ކުރެވުނީއެވެ. އަޅުގަޑުމެން ގެ ސިއްހަތަކީ އަޅުގަޑުމެންގެ ކޮންޓްރޯލްގައި އޮތް އެއްޗެއްގެ ގޮތުގައި ބޭއްވިއްޖެނަމަ މިގޮތުން ކުރިއެރުން ހޯދުމަކީ ދަތިކަމެއް ނޫނެވެ.

    ]]>
    Fri, 20 Oct 2023 18:24:30 +0500 ހީރަސްނިއުސް
    މެޓަބޮލިކް ހެލްތު: އެނގެނީ ކިހާވަރަކަށް https://heerasnews.com/1910 https://heerasnews.com/1910
  • މެޓަބޮލިޒަމް ނުވަތަ މެޓަބޮލިކް ހެލްތުގެ ވާހަކަ ކިހާވަރަކަށް ދެނެވަޑައިގަންނަވަމުތޯ
  • ސިއްހަތު ރަގަޅަށް ބެހެއްޓޭނީ މެޓަބޮލިކް ހެލްތު ރަގަޅު ކުރެވިގެން.
  • - ހިލް ހިލްމީ - 

    "މެޓަބޮލިޒަމް" އަކީ ހަށިގަނޑުގެ ކޮންމެ ސެލްއަކަށް ބާރު ދިނުމަށްޓަކައި އަހަރެމެން ކާ ކާނާއިންނާއި މާހައުލުން ހަކަތަ އުފައްދާ އަޅުގަޑުމެންގެ ހަށިގަނޑުގައި ގާއިމުވެފައިވާ ސެލިއުލަރ މެކޭނިޒަމެކެވެ ނުވަތަ ނިޒާމެކެވެ. އަޅުގަޑުމެންގެ ސިއްހަތު އެންމެ ފުރިހަމައަށް ހުންނާނީ މި ނިޒާމް ނުވަތަ މެޓަބޮލިޒަމް ރަގަޅަށް އޮމާންކަމާއެކު ހިނގާއިރުއެވެ. ކުރުގޮތަކަށް ދަންނަވާނަމަ ސިއްހަތު އެންމެ ރަގަޅަށް ހުންނާނީ މީހެއްގެ މެޓަބޮލިކް ހެލްތު ރަގަޅު ވުމުންނެވެ. ހަށިގަނޑުގެ ހުރިހާ ސެލްތަކަށްވެސް އެ ސެލްތަކުން ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ހަކަތަ ބޭނުންވެއެވެ. މެޓަބޮލިކް ހެލްތަކީ ޖުމްލަ ސިއްހަތާއި ދުޅަހެޔޮކަމުގެ އަސާސެވެ.

    މެޓަބޮލިކް ހެލްތު ރަނގަޅު ކުރަންޖެހެނީ ކީއްވެ

    • މުޅި ދުވަހު މީހާގެ ހަކަތަ އެއްމިންގަނޑެއްގައި ބެހެއްޓުމަށާއި އެކު ވިސްނުމުގެ ތޫނުފިލިކަން ހެޔޮމަގުގައި ބެހެއްޓުމަށް

    • ދެމެހެއްޓެނިވި ގޮތެއްގައި މެދު ނުކެނޑި ކަސްރަތު ކުރުމުގެ ގާބިލުކަން ހަށިގަނޑުގައި ބެހެއްޓުމަށާއި ސަރުބީ އަންދާނެ ގާބިލުކަން ހަށިގަނޑުގައި ގާއިމުކުރުމަށާއި އަދި އެންމެ ރަގަޅު ބަރުދަނުގައި ހަށިގަނޑު ބެހެއްޓުމަށް.

    • ރަގަޅު މޫޑެއްގައި ހުރުމަށް ނުވަތަ ކަންބޮޑުވުމާއި ހާސްކަން ކުޑަކުރުމަށް – މިކަން ހަމައިގައި ބެހެއްޓުމުން ހަށިގަނޑަށް ދިމާވާ އެކިއެކި އުނދަގުލުގެ ތެރޭގައި ރިއްސުމާއި ހަންގަނޑަށް ދިމާވާ އެކިއެކި ކަންކަން ކޮންޓްރޯލްގައި ބެހެއްޓޭ.

    • ދަރިމައިވުމުގެ ބާރު ރަނގަޅު ކުރުމަށާއި ޖިންސީގުޅުމުގެ ސިއްހަތު ގަދަ ކުރުމަށް

    • ހަކުރު ބަލި، ފަލަވުން، ލިވަރ ދުޅަވުން ނުވަތަ ފެޓީލިވަރ ބަލި، ސްޓްރޯކް، ހިތުގެ ބަލިތަށް އަދި މިނޫންވެސް މިބާވަތުގެ ބޮޑެތި ބަލިތަކުގެ ތެރެއިން ކެންސަރުފަދަ ބަލިތަކުން ދިފާއުވެ ހުރުމަށް

    މެޓަބޮލިކް ހެލްތަކީ ކޮބާ

    ކްލިނިކަލް ހަމައިން ބުނާނަމަ، މެޓަބޮލިކް ހެލްތު މާނަ ކުރެވެނީ ލޭގައި ހަކުރު ހުރި މިންވަރާއި، ޓްރައިގްލިސެރައިޑްސް (ލޭގައި ދައުރުކުރާ ލިޕިޑް ނަމަކަށްކިޔާ ސަރުބީގެ ބާވަތެއް) ހުރިގޮތާއި އެޗް.ޑީ.އެލް ކޮލެސްޓްރޯލް ހުރިވަރާއި ލޭގެ ޕްރެޝަރު އަދި އުނަގަނޑުގެ ވަށައިގެންހުންނަ މިން ހަމައެއްގައި ހުރުމާއި ނުހުރުމުގެ މައްޗަށް ބިނާވާ މިންގަނޑެކެވެ.

    މީގެ ރަގަޅު މިންގަނޑުން ނެއްޓުނީމަ އެކަމަށް ކިޔާނަމަކީ މެޓަބޮލިކް ސިންޑްރޯމް އެވެ. މި ސިންޑްރޯމް ގައި ހުރިމީހަކަށް ބެލެވެނީ ތިރީގައި މިވާ ކަންކަމުގެ ތެރެއިން ތިންކަމެއް ނުވަތަ އެއަށްވުރެ ގިނައިން ފެންނަން ހުރުމުންނެވެ.

    • އަންހެނަކު ނަމަ އުނަގަނޑުގައި 35 އިންޗި ހުރުމުން، ފިރިހެނަކު ނަމަ 40 އިންޗި ހުރުމުން

    • ނުކައިހުރެ ނުވަތަ ފާސްޓިން ބްލަޑް ޝުގާރގައި 100 mg/dL ހުރުން

    • އެޗް.ޑީ.އެލް ކޮލެސްޓްރޯލް 40 mg/dL އަށްވުރެ ދަށްވުން

    • ޓްރައިގްލިސެރައިޑްސް 150 mg/dL އަށްވުރެ މަތިވުން

    • ލޭގެ ޕްރެޝަރ 130/85 ގައި ނުވަތަ އެއަށްވުރެ މަތިވުން

    މެޓަބޮލިކް ހެލްތު ރަގަޅު ކުރެވޭތަ

    މެޓަބޮލިކް ފިޓްނަސްއަކީ އޭގެ ޒާތުގައި އަޅުގަޑުމެންނަށް ވާރުތަކޮށްފައި ނުވަތަ އުފެދުމުގައި ހަމައެއްގެމަތިން ލިބިފައިވާ އެއްޗެއްނޫނެވެ. ވަކި ހަމަތަކެއްގެ މަތީން ކުރެވޭ ތަމްރީނުތަކެއްގެ ތެރެއިން ފިޒިކަލް ފިޓްނަސް ނުވަތަ ބޭރުފުށުން ފެންނަ ސިފަތަށް ރަގަޅު ކުރެވޭ ފަދައިން މެޓަބޮލިކް ފިޓްނަސްއަކީވެސް މަސައްކަތުން ވިސްނުންތެރިކަމާއިއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލަކުން އެގޮތުގައި ދެމިހުރެގެން ރަގަޅުކުރެވޭ ކަމެކެވެ.

    ލިޔުން ތެރިޔާގެ ނޯޓް: އެގޮތުން ކަންކުރަންވީ ގޮތާއިމެދު ދެން ހުށަހަޅާ ލިއުމުގައި ގެނެސްދޭނަމެވެ. 

    ]]>
    Fri, 13 Oct 2023 10:47:39 +0500 ހީރަސްނިއުސް
    ކުޑަކުދިންގެ ސްކްރީން ޓައިމިން ލިމިޓްކުރަނީ https://heerasnews.com/1707 https://heerasnews.com/1707 ޗައިނާއިން އިންޓަނެޓް އެޑިކްޝަނަށް ކުޑަކުރުމުގެ ގޮތުން ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ފޯނުގައި ހޭދަކުރެވޭ ވަގުތު ކުޑަކުރުމަށް އާ ފިޔަވަޅުތަކެއް ހުށަހަޅައިފިއެވެ.

    މިކަމުގެ އަމާޒަކީ ކުޑަކުދިންގެ ތެރޭގައި "ރަނގަޅު އަޚްލާގާއި "ސޯޝަލިސްޓް އަގުތައް" އާލާކުރަން ބާރުއެޅުވުމެވެ.

    ޗައިނާގެ އެންމެ މަތީ އިންޓަނެޓް ރެގިއުލޭޓަރު ކަމަށްވާ ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަނުން ބުދަ ދުވަހު ނެރުނު ހުށަހެޅުމެއްގައި ބުނެފައިވަނީ ހުރިހާ މޯބައިލް ޑިވައިސްތަކާއި އެޕްތަކާއި އެޕް ސްޓޯރުތަކުގައި ދުވާލަކަށް ސްކްރީން ކުރާ ވަގުތު ހަނިކުރާ "މައިނަރ މޯޑް" އެއް ހުންނަން ޖެހޭނެ ކަމަށެވެ.

    މައިނަރ މޯޑުގައި ޑިވައިސްތަކާއި އެޕްލިކޭޝަންތައް ދުވާލަކު ބޭނުންކުރުން 8 އަހަރުން ދަށުގެ ކުޑަކުދިންނަށް 40 މިނެޓާއި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ގަޑިއެއް ހާއިރު އަދި  18 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ދެ ގަޑިއިރު ލިމިޓް ހިމެނިގެންދާނެއެވެ. އަދި މި އެޕްލިކޭޝަން ވެގެންދާނީ ބެލެނިވެރިން އިސްތިސްނާ ނުކުރާ އެޕްލިކޭޝަންއެއްގެ ގޮތުގައެވެ.

    މި ހުރަސްތައް ފާސްކޮށްފިނަމަ، ކުޑަކުދިންގެ މެދުގައި ސްކްރީން ކުރާ ވަގުތު ހަނިކޮށް، "ނޭދެވޭ މައުލޫމާތަށް" ލިބުން މަދުކުރުމަށް ބެއިޖިން އިން ފާއިތުވި އަހަރުތަކުގައި އަމާޒުކުރި އަމާޒުކުރުން ފުރިހަމަވެގެން ދާނެއެވެ.

    ]]>
    Fri, 04 Aug 2023 01:07:31 +0500 ނާއިރާ
    އެންމެ އަރާމު ހީލްސް https://heerasnews.com/1627 https://heerasnews.com/1627 އިންސާނާގެ ހަށިގަނޑުގައިވާ ކޮންމެ ގުނަވަނަކީވެސް ޤުދުރަތުން އިންސާނުންނަށް ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. މިނިޢުމަތް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމަކީ ކޮންމެ އިންސާނަކަށްވެސް ވަރަށް މުހިއްމުކަމެކެވެ. ކޮންމެ އިންސާނަކުވެސް އޭނާގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރެއެވެ. ބައެއްމީހުން ދުޅަހެޔޮޞިއްހަތެއްގައި ދެމިހުރުމަށް ފައިދާހުރި ކަންކަން ކުރަމުންދާއިރު އަނެއްބަޔަކަށް މުހިއްމުވަނީ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ އަނެކާގެ ސަމާލުކަން ހޯދުމަށް ނުވަތަ ތިމާ ހިތްއެދޭ ބައިވެރިޔާގެ ހިތްހަމަޖެއްސުމަށް ނުވަތަ ތިމާގެ ހިތްހަމަޖެހުމަށް ރީތިކަން ދެމެހެއްޓޭތޯއެވެ. ދުނިޔޭގެ ނިސްބަތުން ރީތިކަމަށް ލޯބިކުރާ މީހުން ގިނައެވެ. ޚާއްސަކޮށް ފުދުންތެރިންގެ ކިބައިން މިކަން ފެންނަ މިންވަރު ގިނައެވެ.

    ފަޔަކީ އިންސާނާގެ މުޅިހަށިގަނޑު އެއްވަރެއްގައި ބަހަޢްޓައިދިނުމަށްޓަކައި ލިބިފައިވާ އެންމެ މުހިއްމު އެއްގުނަވަނެވެ. ފަޔަށްދޭންޖެހޭ ސަމާލްކަމާއި ރައްކާތެރިކަން އަދި ފަޔަށް ލިބިދާނެ ގެއްލުންތަކަކީ ކޮބައިތޯ ބަލާ ފައިގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ފައިވާނުގެ މުހިއްމުކަމަށާއި ހައިހީލްސްގެ ނުރައްކާތެރިކަމަށް ބަލާލަން ޖެހެއެވެ.

    ފައިވާނަށް އެރުން މުހިއްމުވަނީ ކީއްވެ؟

    ފައިވާނަށް އެރުމުގެ ސަބަބުން ފަޔަށް ރައްކާތެރިކަން ލިބެއެވެ. މިގޮތުން ފައިސާފްކޮށް ބަހައްޓާދިނުމާއި ފަންގަސް އިންފެކްޝަންތައް ފެތުރުމުން ސަލާމަތްކޮށްދެއެވެ. އަދި ހުން އައުމާއި ފްލޫ ޖެހުމުގެ ހާދިސާތަކާއި އެނޫންވެސް ނުރައްކާތެރި އެތައް ބައްޔަކުން ދުރުކޮށްދިނުމަށް އެހީތެރިކަން ލިބެއެވެ. ފައިގެ ފިނި ހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދީ ފައިގައި ރިއްސުން ހުއްޓުވައި، ފައި ފަޅައިގެން ދިއުމަށް އޮންނަ ފުރުސަތު ކުޑަކޮށްދެއެވެ.

    އިންސާނާގެ ހަށިގަނޑުގެ ހޫނުމިން ގެއްލިގެންދާ ވަރަކަށް ލޭދައުރުވުން ދަށްވެ، ހުން އައުމާއި ރޯގާ ފަދަ އާންމު ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ. ފައިވާން ލައިގެން އުޅުމަކީ ފައިގެ ރައްކާތެރިކަން ލިބޭ ކަމަކަށް ވާއިރު، މިއީ ލޭ ދައުރުވުން އާދައިގެ ގޮތަކަށް ބެހެއްޓުމަށް އެހީތެރިވެދީ، ދިފާއީ ނިޒާމުގެ ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ..

    ކޮންމެ ފައިވާނަކީ ފަޔަށް ރަނގަޅު އެއްޗެއް ހެއްޔެވެ؟

    ކޮންމެ ފައިވާނަކީ ފަޔަށް އެންމެ ރަނގަޅު ފައިވާނެއް ނޫނެވެ. މިގޮތުން ހައިހީލްސް އަކީ ފަޔަށް ނުރަގަޅު އަސަރުތަކެއް ކުރާ ފައިވާނެކެވެ. ހައި ހީލްސް އަކީ ގިނަ އަންހެނުންނަށް އާންމުކޮށް ފެޝަން އެކްސެސަރީއެކެވެ. އަހަރެމެންނަށް ގިނަ ފަހަރަށް ހީވަނީ ފުރިހަމަ ޕާޓީ ލޫކެއް ހީލްސް ނެތި ފުރިހަމަ ނުވާހެންނެވެ. މި ސްޓައިލިޝް އެކްސެސަރީސް ގަވާއިދުން ލައިގެން އުޅޭނަމަ ފައިގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ..

    ހައިހީލްސް އިން ފަޔަށް ފުރިހަމަ ސަޕޯރޓެއް ނުދެއެވެ. މިގޮތުން ބަރުދަން އެއްވަރަކަށް ނުބެހި، ކަނާތު ކޮނޑުގައި ރިއްސުމާއި ރިހުން ބައެއްފަހަރު ދިގުދެމިގެން ދާކަމަށްވެސްވެއެވެ.

    ހައި ހީލްސް އިން ހެދުމަކަށް ލޯބި ދިގު ލައިނެއް އިތުރުވެދާނެއެވެ. ނަމަވެސް އެއީ ހަށިގަނޑަށް ގެއްލުން ލިބިދާނެ އެއްޗެކެވެ. އެއީ ހަމައެކަނި ފަޔާއިފައިގެ ކަކުލުގައި ރިއްސުމުގެ އިތުރުން ކަކުލާއި އުނަގަނޑާއި ބުރަކަށީގެ ވެސް ގެއްލުން ލިބިދާނެ ކަމެކެވެ. އަދި މައިބަދައިގެ ރިހުންތަކެއް އުފެދިދާނެ ކަމެކެވެ..

    ފައިވާނަކީ ފައި އިންސުލޭޓްކޮށް ހޫނުން ލިބޭ ގެއްލުން ހުއްޓުވުމަށް ފަރުމާކޮށްފައިވާ އެއްޗަކަށް ވާތީ ބޭރުގައި ކިތަންމެ ދަށް ފިނިހޫނުމިނެއް ހުއްޓަސް ހިތްގައިމު ފައިތަކުން އުފާ ހޯދައިލެވޭނެ އެވެ. ފައިވާނަކީ ވެއްޓުން ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ގޭގައި ވެއްޓި އެކްސިޑެންޓްތަކާ މެދު ކަންބޮޑުވާނަމަ ވެސް ފައިވާނަކީ ރަނގަޅު އިޚުތިޔާރެކެވެ.

    އެންމެ އަރާމު ހީލްސް އަކީ ކޮބާ؟

    ސްޓައިލް މަތިކުރުމަށް އެންމެ އަރާމީ ކިޓިން ހީލްސް، ވެޖް ހީލްސް، އަދި ޗަންކީ ހީލް ނުވަތަ ބްލޮކް ހީލް އެއް ހުންނަ ބޫޓު ނުވަތަ ފައިވާނެވެ. އަދި އެއީ އެންމެ ސަޕޯރޓިވް އަދި އެންމެ އަރާމު ހީލްއެވެ. އަރާމު މުހިއްމު ނަމަ، ހިނގާލަން ފަސޭހަ ބޫޓު އަދި ފައިވާންތަކުގެ ފައިދާއަށް ތުނި އަދި އުސް ހީލް އެއް ހުންނަ ބޫޓުތަކުން ދުރުހެލިވާށެވެ. އިންސާނާއަށް ހަމައެކަނި ރީތިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކުން ނުފުދެއެވެ. އެއަށްވުރެ ދުރު މުސްތަގުބަލަކަށް ދުޅަހެޔޮ ޞިއްހަތެއްގައި ދެމިހުރުން މާ މުހިއްމެވެ.

    ]]>
    Wed, 12 Jul 2023 14:34:37 +0500 ނަޒޫ
    ގުދުރަތީ ނިޒާމާ އިންސާނާ އޮންނަގުޅުން https://heerasnews.com/1288 https://heerasnews.com/1288 އަޅުގަނޑުމެން މި އުޅެނީ، ފެންނަ ފެނުމުގައި ޙައްދެއް ނެތް މިންވަރަށް މަޢުލޫމާތު ލިބިފައިވާ ޒަމާނެއްގައެވެ. މިއަދު މިއުޅެވެނީ ސަތާރަވަނަ ގަރުނު އިނގިރޭސިވިލާތުގައި މުޅި އުމުރު އާދައިގެ މީހަކަށް ލިބުނު މައުލޫމާތަށްވުރެ ގިނަ މައުލޫމާތު ނިއުޔޯކް ޓައިމްސްގެ ހަފްތާ ބަންދުގެ އެޑިޝަންގައި ހިމެނޭ ކަހަލަ މާހައުލެއްގައެވެ.  

    ފާއިތުވި ޒަމާންތަކަށް ނަޒަރުކޮށްލުމުން އަހަރެންގެ ރޫޙު އަލުން އާލާކޮށްދެއެވެ. ވާހަކަ ދެއްކުމުގެ އެންގޭޖްމަންޓްތަކާއި ފޮތްކިއުމާއި، މީޑިއާއަށް ސަމާލުކަންދިން ބިޒީ ހަފްތާއަކަށް ފަހު، ގަސްގަހާގެހި ހުރި ޕާކެއްގައި އިށީނދެ ފަތްތަކުގެ ތެރެއިން ވައި ދަތުރުކުރާ އަޑު އަޑު އެހުމުގެ ސާދާ އަމަލުން އަހަރެންނަށް ހިމޭންކަމާއި ހަމަޖެހުމުގެ އިހުސާސެއް ކުރެވެއެވެ. އަހަރެން އިސްކަންދޭ ކަންތައްތައް ސާފުވެ، އަހަރެންގެ ވާޖިބުތައް މަދުވެ، އަހަރެންގެ ސިކުނޑި އަދިވެސް ބޮޑުވަމުންދެއެވެ. ގުދުރަތާ މުއާމަލާތް ކުރުމަކީ ވެސް ތިމާގެ އުފެއްދުންތެރިކަން ހުޅުވާލައި އާ ޚިޔާލުތައް އުފެއްދުމަށް ލިބޭ ވަރަށް މޮޅު ކަމެކެވެ.

    ނިއުޓަން ގްރެވިޓީގެ ގާނޫނުތައް އެކުލަވާލީ އާފަލު ގަހެއްގެ ދަށުގައި އަރާމުކޮށްލަމުންނެވެ. ހަމައެފަދައިން ސްވިސް ޑިޒައިނަރު ޖޯޖް ޑި މެސްޓްރަލް ވެލްކްރޯ އުފެއްދީ ފަރުބަދަމަތީގައި ހިނގާފައި ދިޔައިރު އޭނާގެ ބުޅަލުގައި ތާށިވެފައި ހުރި ބާޑޮކް ބުރުތައް ބެލުމަށް ފަހުއެވެ. ވަށައިގެންވާ ގުދުރަތީ މާހައުލަކީ އަހަރެމެންގެ ހަގީގީ އުދާސްތައް މިނިވަން ކުރުމަށްޓަކައި އަހަރެމެންގެ ސިކުނޑި ފުރިގެންދާ ނިމުމެއް ނެތް ވާހަކަތައް ތަސައްލީކޮށް ރޫހު އާކޮށް ދިނުމަށް ޚިދުމަތްކުރާ އެއްޗެކެވެ.

    އަދި ގުދުރަތީ އުފާ ހޯދުމަށް ވަގުތު ހޭދަ ކުރާއިރު، ފުންކޮށް ސަމާލު ކަމަކާއެކު ތިމާގެ ވަށައިގެންވާ މާހައުލު ބަލާށެވެ. މަލެއްގެ ކޮމްޕްލެކްސިޓީ ނުވަތަ ހިގާ ކޯރެއްގައި ކަރަންޓް ދަތުރުކުރާ ގޮތް ދިރާސާ ކުރުމުގެ ވާހަކައަށް ނަޒަރު ކުރާށެވެ. ބޫޓު ނަގައި ފައިދަށުގައި ހުރި ޗަސްބިން އިހުސާސް ކޮށްލާށެވެ. ގުދުރަތުގެ މި ޚާއްޞަ ހަދިޔާތަކުން އުފާ ހޯދުމުގެ އިމްތިޔާޒު ލިބިފައިވާތީ ހިމޭންކަމާއެކު ޝުކުރު އަދާކުރައްވާށެވެ. ގިނަ ބަޔަކަށް އެކަން ނުކުރެވެއެވެ. މަހާތުމާ ގާންދީ ފާހަގަކުރެއްވި ފަދައިން، “އިރު އޮއްސޭ އަޖައިބަށް ނުވަތަ ހަނދުގެ ރީތިކަމަށް އަހަރެން ތައުރީފު ކުރާއިރު އަހަރެންގެ ނަފްސު ޚާލިޤުވަންތަ ރަސްކަލާނގެއަށް އަޅުކަންކުރުމުގައި ފުޅާވެގެންދެއެވެ".

    ]]>
    Tue, 25 Apr 2023 20:15:21 +0500 ޒުރޫ
    ދަރިން ތަރުބިއްޔަތު ކުރުމަށް އަގުބޮޑު އެއްޗެހި ބޭނުމެއްނުވޭ. https://heerasnews.com/1278 https://heerasnews.com/1278 ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ. ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަމާއެކުއެވެ. ކުށެއްނެތް މައުސޫމް ހާލުގައެވެ، މައިންބަފައިންގެ އުއްމީދަކީވެސް އެދަރިފުޅު ލޯތްބާއި އޯގާތެރިކަމާއެކު ދޭންޖެހޭ ހުރިހާ ތަރުބިއްޔަތެއްދީގެން ބަލާ ބޮޑުކުރުމެވެ. މައިންބަފައިން މުސްކުޅިވެ އެހީއަށް ބޭނުންވާދުވަހު އެދަރިންގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމައަށް ލިބުމެވެ. އެހެންނަމަވެސް މިދެންނެވި އުއްމީދުތައް ހާޞިލްވަނީ ކިތައްމީހުންނަށް ބާވައެވެ. ހިތްހަމަޖެހިލައިގެން ތިބާގެ ދަރިފުޅުގެ ވާހަކަދައްކާލުމުގެ ފުރުސަތު ލިބޭހެއްޔެވެ. މިއީ މިއަދު އެންމެންވެސް ދައްކާ ވާހަކައެވެ. ކުރަމުން އަންނަ ސުވާލެވެ.

    ދަރިންގެ ތަރުބިއްޔަތުގެ ފެށުން

    ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ދަރިންގެ ތަރުބިއްޔަތުފެށޭނީ އެ ދަރިފުޅު ދުނިޔެއަށް އުފަންވުމަށް ފަހުކަމަށެވެ. ދަރިފުޅަށްޓަކައި ކޮށްދޭންޖެހޭ ހުރިހާ ކަމެއްވެސް ކުރަން ފަށަންޖެހޭނީ ދަރިފުޅު ލޮލަށްފެނި އަތަށް ލިބޭ ހިސާބުން ކަމަށެވެ. އެހެންނަމަވެސް އެއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. މައިމީހާގެ ރަހިމުގައި ދަރިފުޅު ޣަރުބަގަތީއްސުރެ އެދަރިފުޅަށްޓަކައި ހާޞިލްކުރަން ބެނުންވާ އުއްމީދުތައް ފަށަންޖެހެއެވެ.

    އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުކުރުމާއި ދުޢާކުރުމާއި ފައިދާހުރި ރަނގަޅުކާނާ ކެއެއުމާއި ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި މިފަދަ ކަންކަމަކީވެސް ދަރިފުޅަށްދެވޭ ތަރުބިއްޔަތާއި ލޯތްބެވެ.

    ދަރިފުޅު އުފަންވުން.

    ކޮންމެ އާއިލާއަކަށްވެސް ދަރިޔަކު އުފަންވާ ދުވަހަކީ ވަރަށް އުފާވެރި ދުވަހެކެވެ. ޚާއްޞަކޮށް އެދަރިފުޅުގެ މަންމަޔާއި ބައްޕަޔަށް އެއީ އީދެއްފަދަ ދުވަހެކެވެ. އަދި އެދަރިފުޅާއިމެދު ހަމައެދުވަހުންފެށިގެން ވިސްނަން ފަށައެވެ. ދަރިފުޅު ގެންގުޅޭނެ ގޮތާއި ތަރުބިއްޔަތު ކުރާނެ ގޮތެވެ. ލައްވާނެ އަންނައުނާއި ކާންދޭނެ އެއްޗެއްސާއި މެދުގައެވެ. ކުޅެން ހޯދާނެ ކުޅޭއެއްޗެއްސާއި ކޮޓަރި ތައްޔާރު ކުރާނެގޮތެވެ. އަދި މިނޫންވެސް މިފަދަ އެތައްކަމެކެވެ. ޚާއްޞަގޮތެއްގައި ދަރިފުޅަށް އުގަނަނައިދޭނެ ގޮތަކާމެދުގައެވެ.

    ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް.

    އަޅުގަނޑުމެންގެ ތެރޭގައި ކިޔަވައިގެން ތިބި މީހުން ގިނަ ނަމަވެސް ވިސްނުން ތަރައްގީވެފައިވާ މީހުންގެ އަދަދު ނިސްބަތުން ގިނައޭ ބުނެވޭކަށް ނެތެވެ. މިކަން އެންމެ ބޮޑަށް ހާމަވަމުންދަނީ ދަރިންގެ ތަޢުލީމަށް ބިންގާ އަޅާ ހިސާބުންނެވެ. ކޮންމެ މަންމައަކާއި ބައްޕައެއްގެ އުއްމީދަކީވެސް ދަރިފުޅު ޢިލްމީ ގޮތުން ޤާބިލް ކުއްޖަކަށް ހެދުމެވެ. މިކަމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމަކަށް ތައްޔާރުވާން އެބައެއްގެ ފެންވަރުން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އަދިވެސް ގިނަ ބެލެނިވެރިންނަށް ވިސްނާނުލެވޭ ކަމެއް އެބައޮތެވެ. އެއީ ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަމެވެ. ވަކި މީހަކަށް ހެދުމަށް ނުވަތަ ވަކި މީހެއްގެ ދަރިޔަކާ އެއްހަމަ ކުރުމަށް އުގަންނައިދޭން ވިސްނާ ވިސްނުމެވެ. ސްކޫލްގެ އެންމެ މަތީ ވަނަތައް ހާޞިލް ކުރުމަށް ދަރިފުޅަށް ކުރާ މަޖުބޫރެވެ. އަދި ވަކި ފެންވަރެއްގެ ނަތީޖާއެއް ނުލިބިއްޖެނަމަ އެދަރިފުޅުދެކެ ރުޅިއައުމާ އެދަރިފުޅަށް ބައެއްފަހަރު ކޮށްދޭން ބުނާކަންކަން ނުކޮށްދީ އަދި ބައެއް ހާލަތްތަކުގައި ދެވޭ އަދަބު ތަކެވެ. މީ ވަރަށް ކަންބޮޑުވާންޖެހޭ ކަންކަމެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކިކުދިންގެ ވިސްނުން ތަރައްގީވަމުން އަންނާނީ އެކިވަރަށެވެ. އެކިކުދިން ހެދިބޮޑުވަމުންވެސް އަންނަނީ އެކިވަރަށެވެ. ދިރިއުޅުމުގެ މާހައުލާއި ކާނާއާއި މާލީ ހާލަތާއި ބަސްމޮށުންތެރިކަމާއި ޢިލްމީ ޤާބިލްކަން އަދި ތަފާތު ހުނަރުތައް އެކި އާއިލާތަކަށް ލިބިފައިވާނީވެސް އެކިވަރަށެވެ. ވުމާއެކު ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފެންވަރުން އުގަންނައިދޭން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

    ކޮންމެ ބެލެނިވެރިޔަކަށްވެސް ކޮށްދެވިދާނެ ކަންކަން.

    ޢިލްމީ ޤާބިލްކަން އުފައްދައި ދަރިން ތަރުބިއްޔަތު ކުރުމުގައި އަގުބޮޑު ނުވަތަ މަޝްހޫރު ބްރޭންޑްތަކުގެ އެއްޗެހި ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ދަރިފުޅަށް ދެވިދާނެ މާއަގުބޮޑު އެއްޗެހި އެބަހުއްޓެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި: މައިންބަފައިންގެ ރުހުމާއި އިތުބާރު އޮތްކަން ހާމަ ކުރުމަށްޓަކައި އެކުގައި ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހޭދަކޮށްލުން، ހުސްވަގުތު ލިބޭވަރަކުން ބޭރަށް ނިކުމެ މާހައުލު ބަދަލުކޮށްލުން، ކަންކަމުގައި ހިތްވަރުދީ އުއްމީދު އުފައްދައި ދިނުން، ކުރެވޭ ނުރަނގަޅު ކަންތައްތަކަށްވުރެ، ރަނގަޅު ކަންކަން ބޮޑަށް ފާހަގަކުރުން، ބިރުދައްކައިގެން، މަޖުބޫރުކޮށްގެން  އަދި ހަދިޔާ ދީގެން ކަންކަން ކުރުވުމުގެ ބަދަލުގައި ވިސްނައިދީގެން ރުއްސައިގެން ކަންކަން ކުރުވުން، ކުދިންގެ ވާހަކަ ކަނުލާ އަޑުއެހުމާއި ކަންކަން ހިއްސާކުރުން. އަދި ނިދުމުގެ ކުރިން ދަރިފުޅު ގަޔާވާކަހަލަ މެސެޖެއް ދަރިފުޅަށް ރައްދުކުރުން ހިމެނެއެވެ. މިފަދަ ކަންކަމަކީ ދަރިފުޅާ ބެލެނިވެރިންނާދޭތެރޭ ބަދަހި ގުޅުމެއް އުފެދުމުގެ އިތުރުން ދަރިފުޅުގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ލިބޭ ހިތްވަރު އިތުރުވެގެން ދާނެ ކަންކަމެވެ. އަދި މީ ދަރިފުޅުގެ އުގެނނުމަށްވެސް ކޮށިގެންދާ މަގެކެވެ.

    ]]>
    Mon, 24 Apr 2023 00:19:21 +0500 ނަޒޫ
    ކޮމްޕްރޮމައިޒް: ދިރިއުޅުމުގައި މުހިންމު ކަމެއް https://heerasnews.com/1263 https://heerasnews.com/1263 އަމިއްލަ އެދުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ އާއްމު ކަމެކެވެ. އެއީ ކުޑައިރު ކުޅޭ ތަކެތި އެހެން ކުދިންނަށް ހިއްސާ ކުރަން މައިންބަފައިން ދަސްކޮށް ދޭން ޖެހުނު ސަބަބެވެ. އެހެންވެ ކޮމްޕްރޮމައިޒް ކުރަން ދަސް ކުރުމަކީ ގުޅުން ތަކުގައި އުޅޭ ބައެއް މީހުންނަށް އުނދަގޫ ގޮންޖެހުމަކަށް ވެދާނެ އެވެ.

    ކޮމްޕްރޮމައިޒް ކުރުމަކީ ކޮންމެ ވެސް ގުޅުމެއް އުފައްދުން ނުވަތަ ކެނޑުމަށް ވެދާނެއެވެ. ކޮމްޕްރޮމައިޒް މި ބަސް އިވޭ ކޮންމެ ފަހަރަކު، ގޭންގް ފިލްމުތަކާ މެދު ބައެއް މިހުނަށް ވަގުތުން ވިސްނެއެވެ. ހިޔާލަށް އަންނަނީ ދެކޮޅުވެރި ވެފައިވާ ކަންކަމުގައި ގޭންގު ލީޑަރުން ވާހަކަ ދައްކަން ބޭނުންވާ ހިނދު ކޮމްޕްރަމައިޒް ވަގޮތްގޮތެވެ. ގޭންގް ސްޓަރުންގެ ބަހުރުވައި ނަމަ އެއީ ޕާލޭއެވެ. ދެ ފަރާތުގެ މެދުގައި ދިމާވެދާނެ ކޮންމެ މައްސަލައެއް ހައްލު ކުރުމަށް ބާއްވާ ސުލްހަވެރި ބައްދަލުވުން ތަކެވެ. 

    ތިބާ ބޭނުންވާ އެއްޗެއް ބޭނުން ވާއިރު ބައިވެރިޔާ ވެސް ބޭނުންވެއެވެ. އެއީ އަސާސީ މުއާމަލާތުގެ ބައެކެވެ. ޖަޖުކޮށް ނުވަތަ އޮޅުވާލާނެ ކަމުގެ ބިރަކާ ނުލައި ބައިވެރިޔާއަށް ތިމާއަށް އިހުސާސްވާ ގޮތް ނުވަތަ ބޭނުންވާ ގޮތް ބަޔާންކޮށް ދިނުމަކީ މުހިންމު ކަމެކެވެ. ކަމެއް ބޭނުން ވުމަކީ އޯކޭ ކަމެއް ނަމަވެސް ބައިވެރިޔާ ބޭނުންވާ ގޮތާ މެދު ވެސް ވިސްނަން ޖެހެއެވެ. ބައެއް ފަހަރު ބޭނުންވާ އެއްޗެހި ލިބެއެވެ. ބައެއް ފަހަރު ނުލިބެ އެވެ. ނިމުމުން އެއީ ތިޔަ ދެ މީހުންނަށް ވެސް ވިސްނުމަށް އަންނަ ނިންމުމަކަށް ވާންވާނެއެވެ. އެހެން ނޫން ނަމަ، އެއީ ޙަޤީޤަތުގައި ވެސް ކޮމްޕްރޮމައިޒެއް ނޫނެވެ. ކޮމްޕްރޮމައިޒް ކުރުމަށްޓަކައި ބައިވެރިޔާގެ ވާހަކަތައް އަޑުއަހައި، އޯޕަން ވިސްނުމުގައި ހުންނަން ޖެހެ އެވެ.

    މޮޅުވާން ބޭނުންވާ ކަމުގެ އިހުސާސް ތަކުގެ މާނައަކީ ބައިވެރިޔާގެ ވާހަކަތައް އަޑުނޭހުމެއް ނޫނެވެ. ތިބާގެ ބޮޑާކަން އެއްފަރާތް ކުރާށެވެ! ކޮންމެ ކަމަކީ މުބާރާތެއް ނޫނެވެ. ދެބަސްވުމެއްގެ މައްޗަށް ނުކުންނަ ސުލްހަވެރި ހައްލަކީ މޮޅުވުމެއް ނުވަތަ ބަލިވުމެއް ނޫނެެވެ.

    ކަންކަން ދޫކޮށްލާށެވެ. ކޮމްޕްރަމައިޒް ވުމަށް ފަހު ފަހުގެ ވާހަކަތަކާ ކުރީގެ ވާހަކަތަކާ އެއްވެސް ގުޅުމެއް ނޯންނާނެއެވެ. ދޫކޮށް މާފުކޮށް ކުރިއަށް ދާށެވެ. ބައެއް ފަހަރު އިހުސާސްތަކުގެ ތެރެއަށް ވަދެގެން ދެވެއެވެ. އެ ހާލަތުގައި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ.

    އުއްމީދުތައް ކުރުމާ އުންމީދުގެ މަތީގައި ހުރުމަކީ އެއްކަމެކެވެ. އަނެއް ކަމަކީ އެ އުއްމީދުތަކާ އެއްގޮތަށް އަމަލުކުރުމެވެ. އެއްބަސްވެވޭ ގޮތަށް އަމަލުނުކުރެވޭ ނަމަ ބަހަކީ އަގެއް ނެތް ބަސްތަކަކައް ވެގެންދެއެވެ. ހުސް ވައުދުތަކުން ފުރިގެން ނުވާކަން އެހެން މީހުންނަށް ދައްކަނީ އެއްބަސްވުމަށް އަމަލު ކުރެވޭ ހިސާބުންނެވެ. އަބަދުވެސް ގޮތްދޫކޮށް އެއްބަސްވިގޮތަށް ތިބާގެ ބަހުގައި ހިފަހައްޓައިގެން ކޮމްޕްރޮމައިޒުން މަންފާ ލިބިގަނެވޭނެއެވެ.

    ]]>
    Thu, 20 Apr 2023 17:30:48 +0500 ޒުރޫ
    ރޯޒް ވޯޓަރ: ފިނިފެން https://heerasnews.com/1256 https://heerasnews.com/1256 ފިނިފެންމަލަކީ މާތަކުގެ ރާނީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި އެ މަލަކީ މިއަދާހަމައަށް ވެސް ދެގޮތެއް ނުވެ ގިނަބައެއްގެ މަގުބޫލްކަން ލިބިފައިވާ މަލެވެ. މިގޮތުން ޚާއްޞަ ހަފްލާތަކާއި ތަފާތު މުނާސަބާތަކާއި ހަޔާތުގެ އެކި އެކި ކަންކަމާ ގުޅުވައިގެން ހަދިޔާގެ ގޮތުގައިވެސް ދެމުން އަންނަ އެންމެ ޚާއްޞަ އެކައްޗަކީ ރީތި ވަސްމީރު ފިނިފެންމަލެކެވެ. ނުވަތަ މާބޮނޑިއެކެވެ. އިންސާނީ ހިތްތަކަށް އެތަކެއް ހިންހަމަޖެހުންތަކެއް ލިއްބައިދިނުމުގެ އިތުރުން ތަފާތު ހަނދާންތައް އާކޮށްދީ މާޒީގެ ތެރެއަށްވެސް ގެންގޮސްދިނުމުގައި ފިނިފެންމާ އަދާ ކުރާ ރޯލް މުހިއްމެވެ. މިފަދަ ހިތްގައިމު ކަމެއް ލިބިފައިވާ ފިނިފެންމަލުން އުފައްދާ ކޮންމެ އެއްޗެއް ވެސް ވާނީ އޭގައި އިންސާނާއަށް އެތަކެއް ފައިދާތަކެއް އެކުލެވިގެން ދާނެއެއްޗަކަށެވެ. މިގޮތުން ރޯޒް ވޯޓަރ ނުވަތަ ފިނިފެނުން ލިބޭ ފައިދާތަކަށް ބަލާލާނަމެވެ.

    ރޯޒް ވޯޓަރ ( ފިނިފެން ) އަކީ ކޮބާ؟  

    ރޯޒް ވޯޓަރ އަކީ ފިނިފެންމަލުގެ ފިޔަ ފެނުގައި ފޮރުވައިގެން އުފައްދާ ރަހަ އެކުލެވޭ ފެނެކެވެ. އެއީ ރޯޒް ޕެޓަލްސްގެ ޑިސްޓިލޭޓްގެ ހައިޑްރޯސޯލް ބައެވެ.

    ރޯޒް ވޯޓަރ އިން ލިބޭފައިދާއަކީ ކޮބާ؟

    ރޯޒް ވޯޓަރަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އަދި ރޯޒް ވޯޓަރަކީ އޭގައި ކެމިކަލްގެ ބާވަތްތަކެއް ނެތުމާއި އެކު ހިތް ހަމަޖެހިލައިގެން އޭގެ ބޭނުންކޮށް ތިބާއަށް ބޭނުންވާ ފަރުވާ ހޯދުމަށް އެހީތެރިވެދޭ މީރުވަސް ދުވާ ހަށިގަނޑަށް އަރާމް ލިއްބައިދޭ ފެނެކެވެ. މީރުވަސް ދުއްވުމަށާއި، ކާއެއްޗެހީގެ ރަހަތަފާތުކޮށް މީރުކޮށްލުމަށްޓަކައި ވެސް ރޯޒް ވޯޓަރަކީ ދެވަނައެއް ނެތް އެއްޗެކެވެ. ރޯޒްވޯޓަރުން ލިބޭ ފައިދާތަކުގެ ތެރޭގައި:-

    • ހަންގަނޑު ރަތްވުން ކުޑަކޮށްދިނުން.

    ރޯޒް ވޯޓަރަކީ ރީތިކަމުގެ ޕްރޮޑަކްޓެއްގެ ގޮތުގައި ބޭނުންކުރާތާ އެތައް ހާސް އަހަރެއް ވެފައިވާ އެއްޗެކެވެ. މޫނުގެ ހަންގަނޑު ރަނގަޅުކޮށްދީ ކުލަރީތިކުރެއެވެ. މޫނުގައި ހުންނަ ބިހިތަކާއި ކުރަކި ހަންގަނޑު އަދި ކަޅުތިކިތަކާއި ލަކުނުތައް ފިލުވާ ދީ މޫނު އޮމާންކޮށް ބެހެއްޓުމުގައި  މުހިއްމު ރޯލެއް އަދާކުރެއެވެ. މިކަމުގެ ސަބަބުން ޒުވާންކަން ގިނަ ދުވަހަށް ދަމަހައްޓާދެއެވެ. މިކަންކަން ރަނގަޅުކޮށްދިނުމުގައި ރޯޒްވޯޓަރުގައި ހިމެނޭ  އެންޓިބެކްޓީރިއަލް ޕްރޮޕަޓީތަކުގު ރޯލް މުހިއްމު ބައެއް އަދާކުރެއެވެ..

    • އިންފެކްޝަންތަކުން ރައްކާތެރިކޮށްދިނުން.

    ރޯޒް ފެނުގައި ވަރުގަދަ އެންޓިސެޕްޓިކް ޕްރޮޕަޓީތަކެއް ހުރެއެވެ. މީގެ ސަބަބުން އިންފެކްޝަންތަކުން ރައްކާތެރި ވުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް ގުދުރަތީ އަދި ބޭސްވެރިކަމުގެ ތަފާތު ފަރުވާތަކުގެ ތެރޭގައި ރޯޒް ވޯޓަރ ހިމެނައެވެ. ޓްރަސްޓްޑް ސޯސް ދިރާސާއިން އިން ވެސް ދައްކާ ގޮތުގައި ލޮލުގެ ތިކިތަކުގައި ރޯޒް ވޯޓާ ބޭނުންކޮށްގެން ކޮންޖަންކްޓިވައިޓިސް ކޭސްތަކަށް ފަރުވާދެއެވެ.

    • ކަނޑައިގެންދާ ތަންތަނާއި، ލަކުނުތަކާއި، އަނދާފައިވާ ތަންތަނަށް އެހީތެރިވެދިނުން.

    ރޯޒް ވޯޓަރަކީ އެންޓިސެޕްޓިކް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް ޒަޚަމްތައް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދޭ އިތުބާރު ހުރި މަސްދަރެކެވެ. ރޯޒްވޯޓަރުން ސާފްކުރުމުން ކަނޑައިގެންދާ ތަންތަނާއި، އަނދާފައިވާ ތަންތަނާއި، އަދި ލަކުނުތައް ވެސް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދެއެވެ.

    • މޫޑު ރަނގަޅު ކޮށްދިނުން.

    ރޯޒް ފވޯޓަރުގައި ވަރުގަދަ އެންޓި ޑިޕްރެޝަން އަދި އެންޓި އެންޒައިޓީ ޕްރޮޕަޓީސް ތަކެއް އެކުލެވިގެންވެ. 2011 ވަނަ އަހަރު ޓްރަސްޓެޑް ސޯސް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ރޯޒް ޕެޓަލްސް އިން ނަގާ މާއްދާއަކީ މަސްތަކުގެ މަރުކަޒީ ނާރުތަކުގެ ނިޒާމު ލުއިކޮށްދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން އެންޓިޑިޕްރެޝަން އަދި އެންޓިއެންޒައިޓީގެ އަސަރުތައް ކުރިމަތިވެއެވެ..

    • ބޮލުގައި ރިހުން ފިލުވައިދިނުން

    ރޯޒް ވޯޓާ އާއި ރޯޒް އެސެންޝިއަލް އޮއިލް އަކީ އާންމުކޮށް ބޭނުންކުރަނީ އެރޯމާތެރަޕީގައި ބޮލުގައި ރިއްސުން ފިލުވައިދިނުމަށެވެ. މިއީ ޑީ-ސްޓްރެސިންގ އިފެކްޓްސް ގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވެދާނެއެވެ. އެއް ދިރާސާއަކުން ޓްރަސްޓެޑް ސޯސްގެ ދިރާސާއިން ހޯދި ގޮތުގައި ރޯޒް ވޯޓާގެ ހޫނުކަމުން ބޮލުގައި ރިއްސުން ފިލުވައިދެއެވެ. އަނެއް ގޮތަކީ ރޯޒް ފެނުގައި ތެމިފައިވާ ކޮމްޕްރެސް އެއް ބޮލުގައި 45 މިނެޓް ވަންދެން އުނގުޅައިގެން ޕޮޒިޓިވް ނަތީޖާއެއް ލިބުމެވެ.

    • ހަޖަމުކުރުމުގެ މައްސަލަތަކަށް އެހީތެރިވެދިނުން.

    ފޯކް މެޑިސިންގައި ރޯޒް ވޯޓަރ ބޭނުންކޮށްފައިވަނީ ހަޖަމުކުރުމަށް އެހީތެރިވެދީ ހަޖަމުކުރުމުގެ ނިޒާމުގެ އުނދަގޫ ކުޑަކުރުމަށެވެ. 2008 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ރޯޒް ވޯޓަރަކީ ހަޖަމުކުރުމަށް ހެޔޮ އަސަރުތަކެއް ކޮށްދީ ހަޖަމުކުރުމުގެ އުނދަގުލުން ތިބާ ސަލާމަތް ކޮށްދޭ އެއްޗެކެވެ. ރޯޒް ވޯޓަރުގެ ސަބަބުން ބައިލް ސެކްރެޝަން ރަނގަޅުވެ، ހަޖަމުކުރުމަށް އިތުރަށް އެހީތެރިވެދެއެވެ.

    ]]>
    Wed, 19 Apr 2023 17:10:26 +0500 ނަޒޫ
    އަމިއްލަ ނަފްސް ދެކެ ލޯބިވުން https://heerasnews.com/1251 https://heerasnews.com/1251 އަމިއްލަ ނަފްސު ދެކެ ލޯބިވުމުގެ ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. އަމިއްލަ ނަފްސަށް ކުރާ ލޯތްބަކީ ހަމައެކަނި ތިމާއާ މެދު ތިމާ އަމަލުކުރާ ގޮތުގެ އިތުރުން އަމިއްލަ ނަފްސާމެދު ތިމާގެ ވިސްނުމާއި އިހުސާސްތައް ވެސް ހިމެނޭ ކަމެކެވެ. އަމިއްލަ ނަފްސަށް ޓަކައި ނުވަތަ ތިމާއަށް ޓަކައި ކުރާނެ ކަންތައްތަކާއި، އަމިއްލަ ނަފްސާމެދު ވާހަކަ ދައްކާ ގޮތާއި، ލޯތްބާއި ކަންބޮޑުވުން ދައްކުވައިދޭ ގޮތާއި އަމިއްލަ ނަފްސާމެދު އަމިއްލައަށް އިހުސާސްކުރެވޭ ގޮތް ދެނެގަންނަން މަސައްކަތް ކުރެވިދާނެއެވެ.

    އަމިއްލަ ނަފްސު ދެކެ ލޯބިވާއިރު، އަމިއްލަ ނަފްސާމެދު މުޅިން ވެސް ރަނގަޅު ވިސްނުމެއް ގެންގުޅެން ވާނެއެވެ. އޭގެ މާނައަކީ ކޮންމެ ވަގުތަކު ވެސް އަމިއްލަ ނަފްސާ މެދު ޕޮޒިޓިވް އިހުސާސެއް ކުރެވުމެއް ނޫނެވެ. ވަގުތީ ގޮތުން އަމިއްލަ ނަފްސާމެދު ދެރަވެ، ރުޅި އައިސް، ނުވަތަ މާޔޫސް ވިޔަސް އަމިއްލަ ނަފްސު ދެކެ ލޯބިވެވިދާނެއެވެ. މިއީ އޮޅުން އަރާ ކަމެއް ނަމަ އެހެން ގުޅުންތަކުގައި މިކަން ހިނގާ ގޮތާ މެދު ވިސްނާލާށެވެ.

    ބައެއް ފަހަރު ދަރިފުޅު ދެކެ ރުޅި އައިސް މާޔޫސްވި ނަމަވެސް ދަރިފުޅު ދެކެ ލޯބިވޭނެއެވެ. ރުޅިވެރިކަމާއި މާޔޫސްކަމުގެ ތެރޭގައިވެސް އޭނައަށްޓަކައި ވާ ލޯތްބަކީ ތިބާ އޭނާއާ ގުޅުން ބަދަހިކުރާ ގޮތް އަންގައިދޭ ކަމެކެވެ. އެކަމުގެ ސަބަބުން އޭނާއަށް މާފުކޮށް، އޭނާގެ އިހުސާސްތަކަށް ވިސްނައި، އޭނާގެ ބޭނުންތައް ފުއްދައިދިނުމާއި، އޭނާގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ނިންމުންތައް ނިންމުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަމިއްލަ ނަފްސަށް އޮންނަ ލޯތްބަކީ ވެސް ހަމަ އެކަހަލަ ކަމެކެވެ. މާނައަކީ އެހެން މީހުން ދެކެ ލޯބިވާން އެނގޭނަމަ އަމިއްލަ ނަފްސު ދެކެ ލޯބިވާން އެނގޭނެއެވެ.

    އަމިއްލަ ނަފްސަށް ލޯތްބެއް ނެތި، އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ނުރުހި ފާޑުކިޔައި ހަދާނަމަ މީހުންގެ ނުރުހުމުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ބޮޑެވެ. އެހެން މީހުންގެ ފަރާތުން  ގޯނާކުރުން ފަދަ ކަންކަމަށް ކެތްކުރުމުގެ ފުރުޞަތު ބޮޑެވެ. ތިމާގެ އަމިއްލަ ބޭނުންތަކާއި އިހުސާސްތަކަށް އިހުމާލުވުމަކީ އަމިއްލަ ނަފްސުގެ އަގު ވަޒަން ނުކުރާތީ ވެދާނެ ކަމެކެވެ. އަދި ތިމާގެ އަމިއްލަ މަސްލަހަތު ފުށުއަރާ ގޮތަށް ނުވަތަ ނިންމުންތައް ނިންމުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

    އަމިއްލަ ނަފްސް ދެކެ ލޯބިވާ މީހާ ނަފްސް އިސްލާހު ކުރަން މަސައްކަތްކުރެއެވެ. އެހެންމީހުންގެ ރުމާ ލޯތްބަކީ ނަފްސަށް ސާބިތުކަން އިތުރުކޮށްދޭ ކަމެކެވެ. މީހުންގެ ރުހުން ހޯދުމަށް ހުންނަ ރަނގަޅު އަމިއްލަ ގޮތްތައް ގުރުބާން ނުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

    އަމިއްލަ ނަފްސް ދެކެވާ ލޯތްބަކީ މީހާ ހަރުދަނާކޮށް، މިންގަނޑުތަކެއް ކަނޑައަޅައި، އެހެން މީހުންނާ އެކު ދުޅަހެޔޮ ގުޅުމެއް އުފައްދައި، އަމިއްލަ ނަފްސަށް އަޅާލުމާއި، މަސްލަހަތާއި ލަނޑުދަނޑިތައް ހާސިލްކޮށް، ތިމާއަކީ ކާކުކަން ފަޚުރުވެރިވުމަށް މަގުފަހިކޮށްދޭ ބިންގަލެވެ.

    ]]>
    Tue, 18 Apr 2023 15:47:11 +0500 ހީރަސްނިއުސް
    ކެންސަރާ ދެކޮޅަށް އެހީތެރިވެދޭ ވައިރަހެއް: https://heerasnews.com/1249 https://heerasnews.com/1249 އިންސާނުންގެ ޑީއެންއޭގެ ތެރޭގައި އެތައް މިލިއަން އަހަރެއް ވަންދެން ފޮރުވިފައިވާ ޒަމާންވީ ވައިރަހުގެ އާސާރީ ތަކެއްޗަކީ ކެންސަރާ ދެކޮޅަށް ހަށިގަނޑަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ސައިންސްވެރިން ބުނެފިއެވެ. ފްރާންސިސް ކްރިކް އިންސްޓިޓިއުޓުން ކުރި ދިރާސާއިން ދައްކާ ގޮތުގައި ކެންސަރު ގެ ސެލްތައް ކޮންޓްރޯލުން ނެއްޓި ގެންދިއުމުން މި ދުވަސްވީ ވައިރަހުގެ ހަށިގަނޑަށް ހޭލެވެ އެވެ. މިއީ ނޭނގި ދިފާއީ ނިޒާމަށް ޓިއުމަރަށް އަމާޒުކޮށް ހަމަލާދިނުމަށް އެހީތެރިވެދޭ ކަމެކެވެ.

    އެ ޓީމުން ބޭނުންވަނީ މި  ދިރާސާ ހޯދުމުގެ ބޭނުން ހިފައި ކެންސަރަށް ފަރުވާ އިތުރުކޮށްދޭނެ ނުވަތަ އެ ކަމުން ވެސް ރައްކާތެރި ވެވޭނެ ފަދަ ވެކްސިނެއް ފަރުމާ ކުރުމަށެވެ. ފުއްޕާމޭގެ ކެންސަރުން ސަލާމަތްވެ ތިބުމާއި، ބީ-ސެލް ކިޔާ ދިފާއީ ނިޒާމުގެ ބައެއް ޓިއުމަރު ތަކުގެ ވަށައިގެން ކްލަސްޓާ ކުރުމާ ގުޅުމެއް އޮތްކަން ސައިންސްވެރިންނަށް ފާހަގަ ކުރެވުނެވެ.

    ބީ-ސެލްތަކަކީ އެންޓިބޮޑީޒް އުފައްދައިދޭ އަދި ކޮވިޑު ފަދަ އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެ ސެލްތަކުގެ ދައުރު އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ބައެކެވެ. ފުއްޕާމޭގެ ކެންސަރުގައި އެ މީހުން ކުރަމުން ދިޔަ ކަންތައްތަކަކީ ސިއްރެއް ނަމަވެސް ބަލިމީހުންގެ ސާމްޕަލްތަކާއި ޖަނަވާރުންގެ ޓެސްޓުތައް ބޭނުންކޮށްގެން ކުރި ތަހުލީލު ތަކުން އެނގުނު ގޮތުގައި ސައިންސްވެރިން  އަދިވެސް މަސައްކަތް ކުރަނީ ވައިރަސްއާ ހަނގުރާމަ ކުރުމަށެވެ.

    ކެންސަރ ރިސާޗް ޔޫކޭގެ ޑރ ކްލެއާ ބްރޮމްލީ ވިދާޅުވީ، "އަހަރެމެން އެންމެންގެ ޖީންތަކުގައި ޒަމާންވީ ވައިރަލް ޑީއެންއޭ އެބަހުރި، ކާބަފައިންގެ ކިބައިން ފާސްވެފައިވާ، އަދި މި ހިތްގައިމު ދިރާސާއިން ކެންސަރުގައި އޭގެ ދައުރު އަދި އަޅުގަނޑުމެންގެ ދިފާއީ ނިޒާމުން ކެންސަރުގެ ސެލްތައް ދެނެގަނެ ހަލާކުކުރެވޭނެ ގޮތް ފާހަގަކުރެވިފައިވާ" ކަމަށެވެ.

    ]]>
    Tue, 18 Apr 2023 14:13:22 +0500 ޒުރޫ
    ނިދުމަކީ ކިހާ މުހިންމު ކަމެއް! https://heerasnews.com/1247 https://heerasnews.com/1247 ނިދުމަކީ ކޮންމެ މަރުހަލާއަކަށް ވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި އޭގެ ސަބަބުން ޖެހިގެން އަންނަ ދުވަހު ޖިސްމާނީ އަދި ނަފްސާނީ މަސައްކަތްތަކަށް އަސަރުކޮށް، ބަލިތަކާ ހަނގުރާމަކޮށް ދިފާއީ ބާރު އުފެއްދުމުގެ ގާބިލުކަމާއި މެޓަބޮލިޒަމް އާއި ދާއިމީ ބަލިތަކުގެ ނުރައްކަލަށް އަސަރު ކުރެއެވެ. ނިދުމަކީ ހަގީގަތުގައި ވެސް އިންޓަޑިސިޕްލިނަރީ އެއްޗަކަށް ވަނީ އެއީ ސިއްހަތުގެ ކޮންމެ ކަމެއްގައި ވެސް ބީހިގެންދާ ކަމަކަށް ވާތީ އެވެ.

    ކެފެއިން ފަދަ ބައެއް މާއްދާތަކުގެ ސަބަބުން ނިދި އައުމަށް ނޭދެވޭ އަސަރު ކުރާކަން އެންމެންނަށް ވެސް އެނގެއެވެ. އަނެއްކޮޅުން ޓާޓް ޗެރީ، ކިވީ، ފެޓީ ފިޝް (ސެލްމަން އަދި ޓޫނާ ފަދަ) އަދި މަލްޓެޑް ކިރު ފަދަ އެހެން ކާނާގެ ސަބަބުން ނިދުމަށް ފައިދާހުރި އަސަރުތަކެއް ކުރާނެ ކަމުގެ ހެކި ދަނީ އިތުރުވަމުންނެވެ. ދާދި ފަހުން، ދިރާސާތަކުން ދައްކާ ގޮތުގައި، ޖުމްލަގޮތެއްގައި ސިއްހަތަށް ފައިދާހުރި ކެއުމުގެ ވައްޓަފާޅިއަކީ، ހަމައެކަނި ވަކި ކާނާއެއް ނޫނެވެ.

    ނިދުމަކީ ހަށިގަނޑުގެ ކޮންމެ ހިސާބަކަށް ވެސް މުހިންމު ކަމެއް ކަމަށާއި ހާއްސަކޮށް ކުޑަކުދިންގެ ހަށިގަނޑާއި ސިކުނޑި ކުރިއަރަމުން އަންނަ އިރު އެއީ ވަރަށް މުހިންމު ކަމެކެވެ. ކުޑަކުދިންގެ ތެރޭގައި ނިދި ނުލިބުން ނުވަތަ ފެންވަރު ދަށް ނިދުމަކީ އުނދަގޫ އަމަލުތަކާއި، މައުލޫމާތު އުނގެނުމާއި ހިފެހެއްޓުމުގެ ގާބިލުކަން ދަށްވުމާއި، ކެއުމުގެ ވައްޓަފާޅި ދަށްވުމާއި ބަރުދަން އިތުރުވުން ފަދަ ކަންކަމާ ގުޅިފައިވާ ކަމެކެވެ.

    ޒުވާން އުމުރުގެ ކުދިންނަށް ރެއަކު ގާތްގަނޑަކަށް 8-10 ގަޑިއިރުގެ ނިދި ބޭނުންވާއިރު، ބޮޑު ބަޔަކަށް އެ މިންވަރެއް ނުލިބެ އެވެ. މިސާލަކަށް، ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިޑްލް ސްކޫލް ކުދިންގެ 60 އިންސައްތަ ކުދިންނާއި، މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން 70 އިންސައްތަ ކުދިންނަށް ސްކޫލް ރޭތަކުގައި އެކަށީގެންވާ ނިދި ނުލިބެއެވެ. މިޝިގަން ހައި ސްކޫލް ދަރިވަރުންނަށް މި އަދަދު މިއަށްވުރެ ވެސް ބޮޑު ކަމަށާއި އެއީ 80 ޕަސެންޓް ކަމަށެވެ. ޒުވާން އުމުރުގެ ކުދިންނަށް ނިދި ނުލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެކުދިންގެ ސިކުނޑިއަށް އަންނަ ބަޔޮލޮޖިކަލް ބަދަލުތަކުގެ ސަބަބުން ނިދި އިހުސާސްވުމުން އަސަރުކުރުމެވެ. އެހެންކަމުން ނިދި ނުލިބުނަސް ގިނަ ފަހަރަށް އަވަހަށް ނުނިދޭނީ އެކުދިންގެ ސިކުނޑި އަދިވެސް ނިދަން ތައްޔާރު ނުވާތީއެވެ.

    ނިދުމުގައި ލަސްވާ މި މައްސަލަތަކުގެ މައްސަލައަކީ ސްކޫލް ނުވަތަ ސްކޫލުގެ ކުރިން ހިންގާ ހަރަކާތްތައް ގިނަ ފަހަރަށް ފެށެނީ ވަރަށް އަވަހަށް ކަމަށްވާތީ، ޒުވާން އުމުރުގެ ކުދިން ދާއިމީކޮށް ނިދި ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ސްކޫލްތަކުގެ ޑިސްޓްރިކްޓްތަކުގައި، ފަހުން ސްކޫލް ތައް ފެށުމުގެ ވަގުތުތައް ހަދާފައިވާ ޑިސްޓްރިކްޓްތަކުގައި، ދިރާސާތަކުން ދައްކަމުން ދަނީ ދަރިވަރުންނަށް ގިނައިން ނިދުމާއި، އޭގެ ނަތީޖާއެއްގެ ގޮތުން މޮޓޯ ވެހިކަލް އެކްސިޑެންޓްތައް މަދުވެ، ގްރޭޑްތައް ރަނގަޅުވެ، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާ ކަމެވެ.

    އެމެރިކާ ޖެންސެން އަކީ ކުޑަކުދިންގެ ސިއްހަތާ ގުޅޭ ގޮތުން ކެއުމާއި ނިދުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ނިއުޓްރިޝަނަލް އެޕިޑެމިއޮލޮޖިސްޓެކެވެ. އޭނާގެ ދިރާސާގައި ހިމެނެނީ އާލީ ނިއުޓްރިޝަނަލް މާހައުލުތަކުގެ ސަބަބުން ކުޑަކުދިންގެ އޮބެސިޓީ އާއި ޒުވާންއުމުރުގެ ވަގުތަށް އަސަރުކުރާ ގޮތާއި، ނިދުމުގެ އެކި އެކި ކަންތައްތަކުގެ ސަބަބުން ކާޑިއޯމެޓަބޮލިކް ރިސްކް އުފެދުމާއި، ނިދުމާއި ކެއުމާއި ދެމެދު އޮންނަ ބައިޑިރެކްޝަނަލް އެސޯސިއޭޝަންތަކާއި، ނިދުމާއި ކާޑިއޯމެޓަބޮލިކް ސިއްހަތާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ބިނާވެފައިވާ އެޕިޖެނެޓިކް މާކަރުތަކެވެ.

    ]]>
    Mon, 17 Apr 2023 21:39:09 +0500 ޒުރޫ
    ސެންޓް: ލޯބި އުފައްދައިދީ ފަހަށް ރައްކާކޮށްދޭ https://heerasnews.com/1202 https://heerasnews.com/1202 ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިންސާނުންގެ ވިސްނުމާއި ފިކުރު ތަރައްގީ ވަމުން އަންނަނީ ވަރަށް ހަލުވި ކަމާއެކުއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާ ދިރިއުޅޭ ވެށްޓާ އަދި ޚާއްޞަކަމެއްގެ ގޮތުގައި އަމިއްލަ ސާފުތާހިރުކަމާއި ރީތި ކަމަކީ މިއަދު އެންމެންވެސް ބޭނުންވާ ކަންކަމެވެ. މިކަންކަމުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއްކަމަކީ އެމީހަކު އެންމެ ގަޔާވާ ސެންޓެއް ހޯދައިގެން ބޭނުންކުރެމެވެ. ޚާއްސަކޮށް އެކަކު އަނެކަކާ ބައްދަލުވުމަށް ބޭނުންވާހިނދުގައްޔާއި އޮފީސް މާހައުލުގައްޔާއި އަދި  ޚާއްޞަ ހަފްލާތަކަށްދާއިރު ސެންޓް ޖަހާލުމަކީ ވަރަށްވެސް ޚާއްޞަ ސަމާލުކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.

    މީގެ 4000 އަހަރު ކުރިން ސައިޕްރަސްގެ ޖަޒީރާއިން އުފެދިގެން އައި ސެންޓަކީ މިއަދާ ހަމަޔަށށްވެސް އިންސާނުންނަށް އެހާ ކަމުދާ އެއްޗަކަށްވީ ކީއްވެތޯ ބަލާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސެންޓަކީ އޭގައި ކޮންފަދަ ޖާދުވީ އަސަރުތަކެއް އެކުލެވިގެންވާ އެއްޗެއްކަން ސެންޓް ބޭނުންކުރާ އެންމެންނަށް ވެސް އެގެން ޖެހެއެވެ. އަދި ސެންޓުން ކުރާ ފައިދާތަކާއި ގެއްލުންވެސް އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ.

    ސެންޓަކީ ކޮބާ؟

    ސެންޓަކީ އާންމުކޮށް ދައުރުވާ ސިފައެއްގައި ހުންނަ މީރުވަސްދުވާ ޒަރޫރީ ތެޔޮ ނުވަތަ މީރުވަސްދުވާ ކޮމްޕައުންޑްތަކާއި ފިކްސޭޓިވްސް އަދި ސޮލްވެންޓްސް އެއްކޮށްލައިގެން އުފައްދާ ވަހެކެވެ. ސެންޓް މާނަކުރެވެނީ ހިތްގައިމު އަދި މީރުވަސްދުވާ ވަހެއް ދޫކޮށް ފަތުރާ މާއްދާތަކެއްގެ ގޮތުގައެވެ.

    ސެންޓުން ލިބޭ ފައިދާ

    ސެންޓު ބޭނުން ކުރަނީ މީހެއްގެ ހަށިގަނޑަށް ހިތްގައިމު އަދި އެދެވޭ ވަހެއް ދިނުމަށެވެ. އާންމުކޮށް އަމިއްލަ ނަފްސަށް ޝައުގުވެރިވުމާއި އަމިއްލަ ނަފްސަށް އިތުބާރު ކުރުމުގެ މަގުސަދުގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި  ސެންޓުން ލިބޭ ފައިދާތައް ވަރަށްވެސް ގިނައެވެ. އެގޮތުން ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދީ މޫޑު ރަނގަޅުކޮށްދެއެވެ. ހާސްކަމާއި ސްޓްރެސް ކުޑަކޮށްދީ، ކޮގްނިޓިވް ފަންކްޝަން އިތުރުކޮށްދީ، ނިދި ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން މީރުވަސްދުވާ، ވަސްދުވާ ސްޓިމިއުލޭޝަންގެ ސަބަބުން ލޭގެ ޕްރެޝަރު ރަނގަޅުކޮށްދިނުމާއި މަސްތަކުގެ ޓެންޝަން ހަމަޔަކަށް އެޅުވުމާއި ލޮލުގެ ކުލަ ބޮޑުވުމުގެ އިތުރުން ހަމުގެ ފިނިހޫނުމިން ހިފަހައްޓާ ދިނުމާއި ނާރުތަކުގެ ރޭޓް އަދި ސިކުނޑީގެ ހަރަކާތް ފަދަ ފިޒިއޮލޮޖިކަލް ޕެރަމީޓަރުތަކަށް ވަގުތުން ބަދަލުތަކެއް އަންނަ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

    ސެންޓަކީ އެންމެންނާވެސް ގުޅޭއެއްޗެއް

    މީރުވަސް ދުވާ ވަސްތަކަކީ ސިއްހީ ގޮތުން ކުރިމަތިވާ ނުރައްކާތެރި ގިނަ އަދަދެއްގެ މީރުވަސްތަކާ ގުޅުން ހުރި އެއްޗެކެވެ. އެތައް ދިރާސާތަކެއްގެ ތެރެއިން ވަސް އުފެއްދުމަށް ބޭނުންކުރާ ކެމިކަލްތައް ގިންތި ކުރެވިފައިވަނީ އެލާޖަންސް، ހޯރމޯން ޑިސްރަޕްޓަރސް، އެސްފީނާ ޓްރިގަރސް، ނިއުރޯޓޮކްސިންސް  ކާސިނޯޖެންސްގެ ގޮތުގައެވެ. ޕަންޗްލައިން: ވަސްތަކަކީ ވަރަށް ވިހަ މީރުވަސްތަކެކެވެ. ވުމާއެކު އެކަކު ޖަހާސެންޓް އަނެކަކަށް ނުގުޅި ދިއުމަކީވެސް ވެދާނެ ކަމެކެވެ. ޚާއްޞަކޮށް ހަމުގެ މައްސަލަތަކާއި، ނޭވާލާ ނިޒާމްގެ މައްސަލަތައް ހުންނަ މީހުންނަށް ވަސްގަދަ ސެންޓްތަކަކީ އެހާ ރަނގަޅު އެއްޗެއް ނޫނެވެ.

    ސެންޓަކީ ލޯބި އިތުރުކޮށްދޭ އެއްޗެއް

    ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ސެންޓަކީ ވަރަށް އަޖއިބު ކުރުވަނިވި އެއްޗެކެވެ. އަދި އެއީ ލޯބީގެ ފެށުމެކެވެ. ލޯބިއުފައްދައިދިނުމުގައާއި އެލޯބި ފަހަށް ރައްކާ ކޮށްދޭ ބައިވެރިއެކެވެ. އިންސާނާގެ ހަނދާން ތަކާއި ޖަޒުބާތުތައް އެންމެ ގާތުން ގުޅުވާލަދޭ ބާރުގަދަ އިހުސާސަކީ ސެންޓެވެ. މާޒީގެ ތަޖުރިބާތަކަށް ބަލާއިރު ދިރުމަކާއި ރޫހެއް އުފައްދާ ޒަމާންތަކަކަށް އެހަދާންތައް ރައްކާކޮށްދެނީ ސެންޓެވެ. ސުލޫކީ ދިރާސާތަކުން ދައްކާގޮތުގައި ވަސްތަކަކީ ތަސްވީރުތަކަށްވުރެވެސް ބޮޑު ޖަޒުބާތުތަކެއް ގެނައުމަށް ކުޅަދާނަ އެއްޗެކެވެ. ވަކި ވަސްތަކަކާ ގުޅިފައިވާ ހަދާންތަކުގެ ސަބަބުން ސިކުނޑީގެ ލިމްބިކް ސިސްޓަމްގައި ހަރަކާތްތެރިކަން އިތުރުވެއެވެ. ސެންޓަކީ ދިމާވާ ކަންތައްތަކާމެދު ވިސްނުމުގެ ކުރިން ހަށިގަނޑަށް ރިއެކްޓް ކުރުމުގެ ބާރު ލިބިގެންވާ އެއްޗެކެވެ.

    ]]>
    Thu, 06 Apr 2023 11:25:59 +0500 ނަޒޫ
    މާލީ ފުދުންތެރިކަމާ ސިއްހަތާ ހުރިގުޅުން https://heerasnews.com/1070 https://heerasnews.com/1070 މާލީ ފުދުންތެރިކަމަކީ ކޮބާ!

    މާލީ ފުދުންތެރިކަމަކީ މިހާރު އަދި ކުރިއަށް އޮތްތަނަށް ވެސް ލިބޭ އާމުދަނީއިން ދިރިއުޅުމުގެ މައިގަޑު ކަންކަން ފުދައިގެން ދިރިއުޅެވޭނެ ހާލަތުގައި ހުރުމެވެ. ދިރިއުޅުމުގެ ފުރިހަމަ ހިތް ހަމަޖެހުމާއި އުފާތައް ހާސިލް ކުރުމުގައި ފައިސާގެ ދަތިކަމުގެ ނުތަނަވަސްކަން ނެތުމެވެ.

    ތިމާ އަދި ކިތަންމެ މާލީ ޕްލޭނެއް ކޮއްފައި އޮތަސް އަދި އެ ޕްލޭނުގައި މަސައްކަތް ކުރިއަސް ހަގީގަތަކީ ދިރިއުޅުމުގެ ހާލަތު މެދުވެރިކުރާ ގޮތަކުން މާލީ ދަތިތަކާ ދިމާވެދާނެ އެތައް ސަބަބުތަކެއް ހުރެދާނެއެވެ. މިސާލަކަށް ސިއްހީ ކުއްލި ހަރަދުތަކާއި ދަރިން ނުވަތަ ތިމާގެ ކިޔެވުމާ ގުޅުންހުރި ހަރަދުތަކާއި ލޯނު ދެކުން ފަދަ ކަންކަން ހިމެނެއެވެ.

    މާލީ ދުޅަހެޔޮކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރަނީ ކިހިނެއް؟

    ނަފްސާނީ ދުޅަހެޔޮކަމާއި މާލީ ދުޅަހެޔޮކަމާ އޮންނަނީ ގުޅިލާމެހިފައެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި މާލީ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ސްޓްރެސް އަކީ ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާ ކަމެކެވެ. ގިނަ ބަޔަކަށް އެންމެ ބޮޑަށް ސްޓްރެސް  ކުރިމަތި ވަނީ މާލީ ދަތިތަކުގެ ސަބަބުންނެވެ. އާއިލީ، ސިޔާސީ އަދި މަސައްކަތުގެ ސްޓްރެސް އަށް ވުރެވެސް މާލީ ސްޓްރެސް މާބޮޑެވެ. މާލީ ނުތަނަވަސް ކަމުގެ ސަބަބުން ކަންބޮޑުވެ، މާޔޫސްވެ، ހާސްކަން އުފެދެއެވެ.

    ޒަރޫރީ ބޭނުންތައް ނުފުދޭނަމަ މި ކަމުގެ ސަބަބުން ނަފްސާނީ ބަލިތަކުން އަރައިގަންނަން އިތުރަށް އުނދަގޫވެއެވެ. ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ނުލިބި، އެހީތެރިކަން ހޯދުމަކީ އުނދަގޫ ކަމެކެވެ.

    މާލީ ދުޅަހެޔޮކަމުގެ ސަބަބުން ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރަނީ ކިހިނެއް؟

    މާލީ ގޮތުން ނުތަނަވަސްކަން ބޮޑުނަމަ އެކަމުގެ އަސަރު ޖިސްމާނީ ދުޅަހެޔޮ ކަމަށް ކުރެއެވެެ. މި ގޮތުން ކުރިމަތި ވެދާނެ ބައެއް މައްސަލަ ތަކުގެ ތެރޭގައި:

    ·       ބޮލުގައި ރިއްސުން ނުވަތަ މައިގްރެއިން

    ·       ދިފާއީ ނިޒާމު ބަލިކަށިވުން

    ·       ލޭގެ ޕްރެޝަރު މައްޗަށް ދިއުން

    ·       ހަޖަމު ކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް

    ·       ހިތުގެ މައްސަލަތައް

    ·       ނިދުމުގެ މައްސަލަ

    އަދި މީގެ އިތުރުން ތަޖުރިބާކާރުން ފާހަގަ ކުރާގޮތުގައި ސިއްހީ މައްސަލަތައް ޖެހުމުގެ ފުރުސަތު ދެގުނައަށް ބޮޑުވެއެވެ. ހަމަ އެހެންމެ މި ކަމުން ދުރުވުމުގެ ނިޔަތުގައި ބައެއް މީހުން މާގިނައިން ކެއުމާއި މަސްތުވާ ތަކެތި ބޭނުންކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަ ތަކަށް އަހުލުވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަތުން ދާ ފައިސާ އިތުރުވެ މާލީހާލަތު ދަށަށް ދެއެވެ. އަދި ސިއްހަތަށް މީގެ ނޭދެވޭ އަސަރުކުރެއެވެ. 

    މާލީ ދުޅަހެޔޮކަން ރަނގަޅު ކުރާނީ ކިހިނެއް ހެއްޔެވެ؟

    ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރަނގަޅުވާނީ މާލީ ދުޅަހެޔޮކަން ވަރުގަދަ ވުމުންނެވެ. މާލީ ޙާލަތު ރަނގަޅު ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން މުހިންމެވެ.

    މާލީ ގޮތުން ފުދުންތެރި ދިރިއުޅުމަކަށް އެންމެ ބޭނުންތެރި އެއް ކަމަކީ ފައިސާގެންގުޅެން އިގުމެވެ. މީގެ މާނައަކީ ލިބޭ އާމުދަނީއިން ހަރަދު ބަރަދު ދެކޮޅުޖައްސަން ދަސްކުރުމެވެ. މިގޮތުން ބަޖެޓެއް ހަދާށެވެ. މި ބަޖެޓުގައި ހަގީގަތުގައި ކުރަންޖެހޭ ހަރަދުތައް ކަނޑަ އަޅާށެވެ. އަދި ހަރަދު ވާވަރު ބަލައި ރަނގަޅަށް ބަޖެޓް ޓްރެކް ކުރަން ވާނެއެވެ. ކޮންމެހެން ކުރަން ޖެހެނީ ކޮން ހަރަދު ތަކެއްތޯއާއި ނުކޮށް ދޫކޮއްލެވެން ހުރީ ކޮން ހަރަދު ތަކެއްކަން ނިންމަން ވާނެއެވެ. އަދި ލިބޭ އާމުދަނީ ހަމައެކަނި ހަރަދު ކުރާ އިއްޗަކަށް ނަހަދާ އެއިން އިންވެސްޓްކޮށް ފަހަށް ރައްކާ ކުރާށެވެ.

    އެހީ ހޯދަންޖެހޭ ހާލަތުގައި އެހީއަށް އެދެންޖެހޭ ފަރާތް ތަކުން އެހީއަށް އެދޭށެވެ. މަލީ ދަތިތަކުން އަރައިގަތުމައްޓަކައި ހޯދަން ޖެހޭ އިތުރު ތަމްރީނާ ކުލާސް ތަކުގައި ބައިވެރިވާށެވެ.

    ]]>
    Wed, 22 Feb 2023 16:59:25 +0500 ހީރަސް