Maldives Real Time Facts & : އޯސޭނިއާ https://heerasnews.com/rss/category/އޯސޭނިއާ Maldives Real Time Facts & : އޯސޭނިއާ dv ކޮޕީރައިޓް: Heerasnews llp (P013622021) ދުނިޔޭގައި އެންމެ މަދުން މީހުންދާ ގައުމު: ޓުވާލޫ https://heerasnews.com/2844 https://heerasnews.com/2844 ދުނިޔޭގެ ފަތުރުވެރިކަން އިންތިހާއަށް އިތުރުވެފައިވާ މި ޒަމާނުގައިވެސް، ކޮންމެ އަހަރަކު އެތަން ތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް މަދު، ހާމަނުވެ ވަންހަނާވެފައިވާ ބައެއް ތަންތަން އަދިވެސް އެބަހުއްޓެވެ. ކިތަންމެ މަދުން މީހުން ޒިޔާރަތް ކުރި ނަމަވެސް، އެ ގައުމުތަކަކީ ތަފާތު ތަޖުރިބާތައް ކުރުމަށާއި ގުދުރަތީ މަންޒަރުތަކުގައި އެހެން ގައުމުތަކަށް ދޫކުރާ ވަރުގެ ތަންތަނެއް ނޫނެވެ. އެ ތަންތަނަކީ ފަތުރުވެރިން ގިނަ ސަރަޙައްދުތަކާ ދުރުގައި ހަމަހިމޭންކަމާއި ލޯބިވެތި ތަޖުރިބާތައް ހޯދުމަށް އެދޭ ދަތުރުވެރިންނަށް ވަރަށް އެކަށީގެންވާ މަންޒިލުތަކެކެވެ. އެގޮތުން ދުނިޔޭގައި އެންމެ މަދުން މީހުން ޒިޔާރަތްކުރާ ގައުމުގެ މައްޗަށް އަވަސްކަޅިއެއް ހިންގާލަމާހެއްޔެވެ. 

ޓުވާލޫ

ދެކުނު ޕެސިފިކްގައި އޮންނަ ޓުވާލޫ އަކީ ބްރިޓިޝް ކޮމަންވެލްތުގައި ހިމެނޭ މިނިވަން ޖަޒީރާ ގައުމެކެވެ. ޓުވާލޫގެ 9 ރަށަކީ ކުދި އަދި މަދުން މީހުން އުޅޭ އަތޮޅުތަކާއި ފަރުތަކުގެ މައްޗަށް އެކުލެވޭ ރަށްތަކެކެވެ. މި ރަށްތަކުގައި ރުއްގަސްތައް ހެދިފައިވާ ގޮނޑުދޮށްތަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ތަންތަން ހުރެއެވެ.

ޓުވާލޫގެ ބޮޑުމިނަކީ 26 އަކަ ކިލޯމީޓަރެވެ. ވެރިރަށަކީ ފުނަފުއްޓިއެވެ. ޖުމްލަ އާބާދީއަކީ 11312އެވެ. ރަސްމީ ބަހަކީ ޓޫވަލޫބަހާއި އިނގިރޭސިބަހެވެ. ފައިސާގެ ގޮތުގައި ޓުވާލޫ ޑޮލަރާއި އޮސްޓްރޭލިއަން ޑޮލަރެވެ. 

އާންމު ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން، ޓުވާލޫ ވަރަށް ބޮޑަށް ބަރޯސާވަނީ ބޭރުގެ އެހީއަށެވެ. މި ގައުމަކީ ދުނިޔޭގެ އެންމެ ކުދި އަދި އެންމެ ފަގީރު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. މި ގައުމުގައި ގުދުރަތީ ވަސީލަތްތަކާއި އަސާސީ ވަސީލަތްތައް ވަރަށް މަދެވެ.

ޓުވާލޫއަށް ދެވެނީ ހަމައެކަނި ފިޖީ މެދުވެރިކޮށެވެ. ފިޖީއަކީވެސް ޕެސިފިކް ސަރަޙައްދުގެ ޖަޒީރާ ގައުމެކެވެ. ހަވާއީން ފިޖީއަށް ސީދާ ފްލައިޓެއް އޮތް ނަމަވެސް، ގިނަ ފްލައިޓްތަކަކީ އޮސްޓްރޭލިއާ މެދުވެރިކޮށް ދަތުރުކުރާ ފްލައިޓްތަކެވެ. ޓުވާލޫއަކީ އެހާ ފަސޭހައިން ދެވޭ ގައުމެއް ނޫނެވެ. 

އެހެން ކަމުން ޓުވާލޫއަކީ ދުނިޔޭގައި އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައި ފާހަގަކުރެވޭ ގައުމެވެ. އަހަރަކު އެންމެ 3،700 ފަތުރުވެރިން ޒިޔާރަތްކުރާ ޓުވާލޫއަކީ މީހުނާ އެކަހެރި ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ ތަފަތު ތަނެކެވެ. އެތާނގައި ސާފު ގޮނޑުދޮށްތަކާއި، ބިއްލޫރި ފަދަ ސާފު މޫދު އޮވެއެވެ. 

ޓުވާލޫ އެކަހެރިވެފައި އޮތުމުގައި ރަނގަޅު ކަމަކާއި ނުބައި ކަމެއް ވެސް ވެއެވެ. އުޅޭ މީހުން މަދުކަމުން ޓުވާލޫގައި ކުށްކުރުމުގެ ރޭޓް އިންތިހާ ދަރަޖައަށް ދަށެވެ.  ގިނަ އަދަދެއްގެ ފަތުރުވެރިން ނައުމަކީވެސް އެ ތަނުގެ ގުދުރަތީ ރީތިކަމާއި ސަގާފީ ތަރިކަ ރައްކާތެރިކޮށްދޭ ކަމެކެވެ. ޒިޔާރަތްކުރާ ފަރާތްތަކަށް އެތަނުގެ އާދަކާދައިގެ މެހެމާންދާރީ ލިބެއެވެ. ރީތި މަސްމަހާމެހިން ފުރިފައިވާ ފަރުތައް ބަލައި ފޫހި ނުވާހާ ފުރިހަމައެވެ.

ވެރިރަށް ފުނަފުއްޓީގެ ބޭރުގައި އޮންނަ ފުނަފުއްޓީ ކޮންޒަވޭޝަން އޭރިއާގައި ކަނޑު ބޯވަ ތަކާއި ހޫނު ކަނޑުގެ މަސްތަކުގެ މެދުގައި ފީނުމާއި ސްނޯކަލް ކުރުމަށް އޮމާން ކަނޑެއް އޮވެއެވެ. އަދި މީގެ އިތުރުން ކަނޑުގެ ދޫނިތަކަށް ހިޔާވަހިކަން ދޭ މީހުން ނޫޅޭ ކުދި ރަށްތަކެއްވެސް ވެއެވެ.

ޓުވާލޫއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނެތިގެން ދިޔުމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ގައުމެވެ. މި ނާޒުކު ގައުމަށް ގުދުރަތީ ގޮތުން ކުރާ އަސަރު ކައިރިން ފެނެއެވެ. އެންމެ އަވަހަށް އަޑިއަށް ދިއުމުގެ ބިރު އެންމެ ބޮޑު އެއްގައުމަކީވެސް ޓުވާލޫއެވެ. 

]]>
Mon, 07 Oct 2024 16:30:53 +0500 އެޑިޓަރ
ކެންޑީ މެޓާގެ ގޮތުގާ ނުރައްކާތެރި މެތު ބަހައިފި https://heerasnews.com/2693 https://heerasnews.com/2693 އޮކްލެންޑްގެ ޗެރިޓީއަކުން ބެހި މެޓާ ތަކެއް ހޯދަން ނިއުޒިލޭންޑްގެ ފުލުހުން ފަށައިފިއެވެ. އެ މެޓާތަކުގައި ނުރައްކާތެރި މިންވަރަކަށް މެތަމްފެޓަމިން ހިމެނޭކަމަށް ވެއެވެ. އެ މެޓާ ކެއުމުން ފުރާނަ ދާވަރުގެ ނުރައްކާތެރި މިންވަރަކަށް މެތު ހިމެނޭކަމަށް ނިއުޒިލޭންޑްގެ ރަސްމީ އިދާރާތަކުން މައުލޫމާތުދެއެވެ. 

އޯކްލެންޑް ސިޓީ މިޝަނުން ބެހި ކާބޯތަކެތީގެ ޕާރުސަލްތައް 400 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް ފަގީރުކަމާ ދެކޮޅަށް މަސައްކަތްކުރާ ޗެރިޓީ އަކުން ބުނެއެވެ. ފޮނި އެއްޗެހި ހަދިޔާ ކުރީ އާންމުންގެ މީހަކު ނަން ނުޖަހާ ބަންދުކޮށްފައިވާ ރީޓެއިލް ޕެކޭޖެއްގައި ކަމަށް ވެސް އެ ޖަމާއަތުން ބުނެއެވެ.

ނިއުޒީލެންޑް ޑްރަގް ފައުންޑޭޝަނުން ވަނީ ރިންޑާ ބްރޭންޑްގެ އަލަނާސި ލޮލީ ބޭނުން ނުކުރުމަށް އިންޒާރު ދީފައެވެ.

ޑްރަގް ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ކެންޑީ މެޓާތަކުގައި ގާތްގަނޑަކަށް 3ގ މެތަމްފެޓަމިން ހުރިކަމަށެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

]]>
Fri, 16 Aug 2024 14:27:17 +0500 ނާއިރާ
ގިނަ އަދަދެއްގެ ބޮޑުމަސް މަރުވެއްޖެ https://heerasnews.com/1673 https://heerasnews.com/1673 ހުޅަނގު އޮސްޓްރޭލިއާގެ ގޮނޑުދޮށަށް ބޮޑު މަހުގެ ބާވަތެއް ކަމަށްވާ ޕައިލެޓް ވޭލް ގެ 50 އަށް ވުރެ ގިނަ މަސް ލައްގައިފިއެވެ.   

މި ތަކެތި ފުރަތަމަ ފެނުނީ  ޗެއިންސް ބީޗާ 100 މީޓަރު ދުރުން ކަނޑުގެ އައްސޭރިފަށުން އަންގާރަ ދުވަހުއެވެ.  މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މި މަންޒަރަކީ އާދަޔާ ހިލާފު މަންޒަރެއް ކަމަށްވެއެވެ.

ބޮޑުމަސްތައް ފަޅުތެރޭގައި އަމިއްލައަށް ލައްގަން ފެށުމުން، ޖަނަވާރުތަކުގެ އިދާރާތަކުން ވަނީ އެ މަސްތައް ސަލާމަތް ކުރުމުގެ  މަސައްކަތް ފަށާފައެވެ.

 އަންގާރަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ބޮޑުމަސް މަރުވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ދިރިތިބި ބޮޑުމަސްތައް ބުދަ ދުވަހު ކަނޑަށް އަނބުރާ ގެންދިއުމަށް މަސައްކަތް ވަނީ ކޮށްފައެވެ. 

2022 ވަނަ އަހަރު ޓެސްމެނިއާގެ އައްސޭރީގައި 230 ވޭލް އަމިއްލައަށް ގޮނޑުދޮށަށް ވެފައިވާއިރު، 2018 ވަނަ އަހަރު ހުޅަނގު އޮސްޓްރޭލިއާގައި 150 ވޭލް ތާށިވެފައިވެއެވެ.

]]>
Wed, 26 Jul 2023 09:33:52 +0500 ނާއިރާ
އާސާރީ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް https://heerasnews.com/1447 https://heerasnews.com/1447 ސެންޓްރަލް ސިޑްނީގެ ހުންނަ ހަތް ބުރީގެ އާސާރީ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައި 13 އަހަރުގެ ދެ ފިރިހެން ކުދިން ފުލުހުންނާ ހަވާލުވެއްޖެއެވެ.

މި އިމާރާތުގައި އަލިފާން ރޯވެފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުއެވެ. މި އަލިފާންގަނޑު ނިއްވަން ގާތްގަނޑަކަށް 100 ވަރަކަށް ފަޔާ ފައިޓަރުން ބޭނުންވިއެވެ.

ފުލުހުން ގަބޫލުކުރާ ގޮތުގައި މި ހާދިސާގައި އަދި އެހެން ކުދިންތަކެއްވެސް ބައިވެރިވިއެވެ. އަދި އެކުދިން ކުރިއަށް އައުމަށް ވެސް އެދިފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގައި 15 މީހަކު ގަދައަށް ނިދާފައި ތިއްބެވެ. އޭގެ ތެރެއިން 13 މީހަކު ވީހިސާބް މިހާރުވަނީ ހޯދާފައިއެވެ.

މީގެއިތުރުން ވަށައިގެންވާ އިމާރާތްތަކުން މަދުވެގެން 70 އާއިލާ ވަނީ އެ މީހުންގެ ގެދޮރު ދޫކޮށްފައެވެ.

ފަޔަރ އެންޑް ރެސްކިއު ނިއު ސައުތު ވޭލްސް އިން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އަލިފާންގަނޑު "10 ވަނަ" އެލާމް ސްޓޭޓަސް އަށް އަރާފައިވެއެވެ. މިއީ އެންމެ ވަރުގަދަ ލެވެލްއެވެ.

މި އިމާރާތަކީ ތަރިކައިގެ ގޮތުގައި ލިސްޓް ކޮފައިވާ އިމާރާތެކެވެ.މިއީ ކުރިން " ހެންޑަސަން ހެޓް ފެކްޓްރީ" ހުރި އިމާރާތެކެވެ.

ފުލުހުން ވަނީ އަމިއްލައަށް ހަވާލުވި 2 ކުދިން އެ މީހުންގެ ސުވާލުތަކުގައި އެހީތެރިވަމުން ދާކަން ކަށަވަރުކޮށްދީފައިއެވެ.

]]>
Fri, 26 May 2023 19:43:37 +0500 ނާއިރާ
ފިތުރުއީދު ބަންދަށް ފަހު ރާޝިދު ހަނދުގައި ޖައްސާނެ https://heerasnews.com/1281 https://heerasnews.com/1281 މިފަހަރު ފިތުރު އީދުގެ އެންމެ ބޮޑު ހަދިޔާ ލިބިގެން މިދަނީ ޔޫއޭއީއަށެވެ. ފިތުރު އީދުގެ 4 ދުވަހުގެ ޗުއްޓީއަށް ފަހު އެގައުމުންވަނީ އެގައުމުން ހަނދަށް ފޮނުވި ރޯވަރު ހަނދުގަ ޖައްސަން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެ އެކަން ކުރަން ތައްޔާރުވެއްޖެ ކަންއިއުލާން ކޮއްފައެވެ. އޭޕްރީލް 25 ވާ އަންގާރަ ދުވަހަކީ ހަކުޓޯ-އާރް މިޝަން 1 ލޫނާ ލޭންޑަރ - ރާޝިދު ރޯވަރު ހަނދުގެ ބިމަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީހެވެ.

ޖަޕާނުގައި ހުންނަ އައިސްޕޭސް އިން އިއުލާން ކުރި ގޮތުގައި ޖައްސާނެ ކަމަށް ލަފާކުރެވެނީ ހަވީރު 4:40 (ޔޫޓީސީ) ގައި ކަމަށާއި އެއީ ޔޫއޭއީ ގަޑިން ރޭގަނޑު 8:40 ހާއިރު ކަމަށެވެ. އެއީ ރާއްޖެ ގަޑިން ރޭނގަޑު 9:40 ހާއިރެވެ. 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިޝަން 1 ގެ ލޭންޑަރު ހަނދުގެ ވަށައިގެން ދަތުރު ކުރަމުން ދަނީ 100 ކިލޯމީޓަރާއި 2300 ކިލޯމީޓަރާއި ދެމެދުގެ އުސްމިނެއްގައި އެލިޕްޓިކަލް އޯބިޓެއްގައެވެ.

އޮޕަރޭޝަނަލް ސްޓޭޓަސްއަށް ބަލާއިރު ރޯވާ ލޭންޑް ކުރުމަށް ވަނީ 3 ސައިޓްއެއް ހަމަޖެހިފައެވެ. އަދި ހަމައެއާއެކު މި ލޭންޑުކުރާ 3 ސައިޓުގެ ސަބަބުން ލޭންޑިން ތާރީހަށް ވެސް ބަދަލު އައުން އެކަށީވެގެންވެއެވެ. މި ތާރީހު ތަކަކީ އޭޕްރީލް 26އާއި މެއި 1 އާއި މެއި 3 އެވެ.

ރަޝީދު ރޯވަރަކީ ދުބާއީގެ ކުރީގެ ވެރިޔާ އަލްމަރުޙޫމް ޝައިޚް ރާޝިދު ބިން ސަޢީދު އަލް މަކްތޫމްގެ ނަމުގައި ނަން ދީފައިވާ ރޯވަރެކެވެ. ޔޫއޭއީގައި އުފައްދާފައިވާ މި ރޯވަރަކީ އަރަބި ޤައުމަކުން އުފެއްދި ފުރަތަމަ ހަނދުގެ ޖައްވީ އުޅަނދެވެ.

މި ތަސްވީރަކީ ހަނދާއި ގާތްގަނޑަކަށް 2000 ކިލޯމީޓަރުގެ އުސްމިނުން ނަގާފައިވާ ތަސްވީރެކެވެ. މި ތަސްވީރުގައި ފެންނަނީ ހަނދުގެ އިރުމަތީ ރިމް، އަދި ކްރެޓަރސް ޕެޓާވިއަސް، ވެންޑެލިނަސް، އަދި ލެންގްރެނަސް ކަމަށް އައިސްޕޭސް އިން ބުނެއެވެ.

]]>
Mon, 24 Apr 2023 23:50:06 +0500 ނާއިރާ
އޯކްލޭންޑް ފެނުގެ އަޑިއަށް https://heerasnews.com/985 https://heerasnews.com/985 ނިއު ޒިލެންޑުގެ އުތުރުގައިވާ އޮކްލެންޑަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ހަތަރަކަށް އަރައިފިއެވެ. ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ގައުމުގެ އެންމެ ބޮޑު ރަށް ކަމުގައިވާ އޮކްލެންޑުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

ފެންބޮޑުވުމާ ގުޅިގެން ހަތަރު މީހަކު މަރުވެފައިވާއިރު، ފުރަތަމަ ދެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ. އޮކްލެންޑުގެ އުތުރުގައިވާ ވައިރާއޫ ވެލީންނެވެ. ތިންވަނަ މީހަކު މަރުވެފައި ވަނީ އޮކްލެންޑުގެ މެދުތެރޭ ސަރަހައްދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުންނެވެ.  ހަތަރުވަނަ މީހާގެ ހަށިގަނޑު ފެނިފައި ވަނީ އޮކްލެންޑުގެ ދެކުނުގައި އޮންނަ އޮނެފެރޯއިންނެވެ.

ޖަނަވަރީ 27 ވަނަ ދުވަހު އޮކްލެންޑަށް ރެކޯޑް އަދަދަކަށް ވާރޭވެހުނެވެ. 27 ވަނަ ދުވަހު އެކަނިވެސް އެ ސަހަރަށް 249 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ކުރިން 24 ގަޑިއިރުގެ ތެރޭގައި އެތަނަށް އެންމެ ގިނައިން ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ 161 މިލިމީޓަރުގެ ވާރެއެވެ.

ފެންބޮޑުވުމާ ގުޅިގެން ކުއްލި ހާލަތު އިއުލާނުކޮށްފައިވާ އޮކްލެންޑުގައި 1.6 މިލިޔަނަށް މީހުނަށް އެކިވަރުގެ އަސަރުކޮށްފައިވެއެވެ. "ފެންބޮޑުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ އަސަރުކޮށްފައި. އޮކްލެންޑަށް މި ވަނީ ބޮޑު ހިތާމައަކާ ކުރިމަތިވެފައި. އަދި ގިނަ ޢަދަދެއްގެ ފުރާނަ މި ވަނީ ގެއްލިފައި،" ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ ނައިބު ކާރމެލް ސެޕުލޯނީ ވިދާޅުވިއެވެ.

އޮކްލެންޑުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ 24,000 އަށްވުރެ ގިނަ ގެއަށް އެ ހިދުމަތް އަލުން ގުޅައިދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ އަދަދެއްގެ ގެދޮރުން ސާފު ބޯފެނުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. ވިއްސާރައިގައި އޮކްލެންޑުގެ ވައިގެބަނދަރުގެ ޓަރމިނަލްގައި ވެސް ފެންބޮޑުވެގެން ހިދުމަތްތައް މެދުކަނޑައިލަން ޖެހުނެވެ.

]]>
Wed, 01 Feb 2023 21:49:56 +0500 ހީރަސް