Maldives Real Time Facts & : އެފްރިކާ https://heerasnews.com/rss/category/އެފްރިކާ Maldives Real Time Facts & : އެފްރިކާ dv ކޮޕީރައިޓް: Heerasnews llp (P013622021) މަނީ ލޯންޑަރިން ގްރޭ ލިސްޓަށް ލުބްނާން https://heerasnews.com/2902 https://heerasnews.com/2902 ދުނިޔޭގެ މަނީ ލޯންޑަރިންގ ހުއްޓުވުމަށް މަސައްކަތްކުރާ ވޮޗްޑޯގެއް ކަމުގައިވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އިން ލެބަނާން "ގްރޭ ލިސްޓް" އަށް އިތުރުކޮށްފިއެވެ. މި ލިސްޓަކީ މާލީ މުއާމަލާތްތައް އިތުރަށް ބެލުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ގައުމުތަކުގެ ލިސްޓެކެވެ.

ޕެރިސް ގައި މައި އޮފީސް ހުންނަ އެފްއޭޓީއެފް އިން ހުކުރު ދުވަހު ބުނެފައިވަނީ ލުބުނާނުން ހުށަހަޅާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަންކަމުގައި ކުރިއެރުން ހޯދާފައިވާ ކަމަށާއި އިތުރު އިސްލާހީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ލުބުނާނުން ވަނީ 2019 ވަނަ އަހަރުން ފެށިގެން މާލީ ހީނަރުކަމެއްގެ ތެރޭގައެވެ. އަދި އެ ގައުމުގެ ވެރިން މިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އިޒްރާއީލުން ލުބުނާނަށް ވައިގެމަގުންނާއި އެއްގަމު މަގުން ދަނީ ހަމަލާތައް ދެމުންނެވެ.

ގްރޭ ލިސްޓަށް އިތުރުކުރުމުގެ ސަބަބުން ލުބުނާނަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި ލުބުނާންގެ ބޭންކުތަކާއި ދުނިޔޭގެ މާލީ ނިޒާމާ ދެމެދު އޮންނަ ގުޅުމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.

އެފްއޭޓީއެފްގެ މިހާރުގެ ރައީސް ކަމުގައިވާ މެކްސިކޯގެ އެލިސާ ޑި އަންޑާ މަޑްރާޒޯ ވިދާޅުވީ "ލުބުނާން މިހާރު ކުރިމަތިލަމުންދާ ނުރައްކާތެރި ހާލަތު ގަބޫލުކުރަން" ކަމަށެވެ. އަދި ލުބުނާން ގްރޭ ލިސްޓަށް އިތުރުކުރުމުގެ ސަބަބުން އެ ގައުމަށް ފޯރުކޮށްދޭ އެހީތަކަށް ހުރަސްއެޅިގެން ނުވާނެ ކަމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނިޒާމު ހުޅުވިފައި ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގްރޭ ލިސްޓަށް އިތުރުކުރުމަކީ އަދަބެއް ދިނުމުގެ ގޮތުން އަޅާ ފިޔަވަޅެއް ނޫން ކަމަށާއި މިއީ އެ ގައުމުތަކުން އިސްލާހީ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އެލިސާ ޑި އަންޑާ ވިދާޅުވިއެވެ.

އެފްއޭޓީއެފް އިން ބުނެފައިވަނީ ލުބުނާންގެ އިތުރުން އަލްޖީރިއާ، އެންންގޯލާ އަދި އައިވަރީ ކޯސްޓް ވެސް ގްރޭ ލިސްޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ސެނެގަލް ވަނީ ގްރޭ ލިސްޓުން އުނިކޮށްފައެވެ. މީގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސެނެގަލްގައި ކޮރަޕްޝަނާ ގުޅުންހުރި މަނީ ލޯންޑަރިންގ މައްސަލަތައް ތަހުގީގުކޮށް ދައުވާ އުފުލުމުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށެވެ.

އެފްއޭޓީއެފްއިން އިތުރަށް ބުނެފައިވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ނުރައްކާ އޮތް ގައުމުތަކުގެ "ބްލެކް ލިސްޓް" އަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. މި ލިސްޓުގައި ހިމެނޭ ގައުމުތަކާ ދެކޮޅަށް ދުނިޔޭގެ މާލީ ނިޒާމު ރައްކާތެރިކުރުމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެފްއޭޓީއެފް އިން ބުނެއެވެ. މިހާރު ބްލެކް ލިސްޓުގައި ހިމެނެނީ އީރާނާއި މިޔަންމާ އާއި ނޯތު ކޮރެއާއެވެ.

]]>
Sun, 27 Oct 2024 11:56:23 +0500 އެޑިޓަރ
އެކްސިޑެންޓެއްގައި 20 މީހުން ޒަހަމްވެއްޖެ! https://heerasnews.com/2864 https://heerasnews.com/2864 މިސްރުގެ މިންޔާ ޕްރޮވިންސްގައި އާދީއްތަ ދުވަހު ހިނގި ރޭލު އެކްސިޑެންޓެއްގައި 20 މީހުން ޒަހަމް ވެއްޖެއެވެ.

މިސްރުގެ ނޭޝަނަލް ރޭލްވޭސް (އީއެންއާރު) އިން ބުނި ގޮތުގައި މި ހާދިސާ ހިނގީ އަސްވާނުން ގާހިރާއަށް ދަތުރުކުރަމުންދިޔަ ދެ ރޭލު ޖެހުމުންނެވެ. އެއް ރޭލު އަނެއް ރޭލުގެ ފަހަތުގައި ޖެހުމުން ދެވަނަ ރޭލުގެ ދެ ބޮގީ ރޭލުން ނެއްޓި އިބްރާހިމިއްޔާ ކެނަލަށް ވެއްޓުނެވެ.

ހާދިސާ ހިނގުމާ ގުޅިގެން އީއެންއާރުން ވަނީ އިމަޖެންސީ އިކުއިޕްމަންޓާއި ކްރޭންތައް ހާދިސާ ހިނގި ސަރަހައްދަށް ފޮނުވާފައެވެ. ވެއްޓުނު ބޮގީތައް ވަކިކޮށް، ރޭލު ވަނީ ގާހިރާއަށް ދަތުރު ކުރިއަށް ގެންގޮސްފައެވެ.

މިސްރުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ހާދިސާ ހިނގީ އާދީއްތަ ދުވަހުގެ ހެނދުނެވެ. ހާދިސާއާ ގުޅިގެން ކައިރީގައި ހުރި ހޮސްޕިޓަލްތަކުގެ މެޑިކަލް ރެޑީނަސް އިތުރުކޮށް، 23 އެމްބިއުލާންސް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ފޮނުވާފައެވެ. އިބްތިދާއީ ބެލުންތަކުން ދައްކާ ގޮތުގައި ޒަހަމްތަކުގެ ތެރޭގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ މީހުން މަދެވެ.

ފާއިތުވި އަހަރުތަކުގައި މިސްރުން ވަނީ ރޭލުގެ ނިޒާމު ރަނގަޅުކޮށް، މިފަދަ ހާދިސާތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި އިކުއިޕްމަންޓްތަކާއި، އިންފްރާސްޓްރަކްޗަރ އަދި މުވައްޒަފުންގެ ތަމްރީނު ރަނގަޅުކުރުން ހިމެނެއެވެ.

މިސްރުގައި ރޭލު ހާދިސާތައް ހިނގުމަކީ އާ ކަމެއް ނޫނެވެ. 2021 ވަނަ އަހަރު މާރިޗު މަހު ސޮހާގް ޕްރޮވިންސްގައި ހިނގި ބޮޑު ރޭލު ހާދިސާއެއްގައި 32 މީހުން މަރުވެ، 165 މީހުން ޒަހަމްވިއެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ކަލިއޫބިއްޔާ ޕްރޮވިންސްގައި ހިނގި ރޭލު ހާދިސާއެއްގައި 11 މީހުން މަރުވެ، 98 މީހުން ޒަހަމްވިއެވެ. މިފަދަ ހާދިސާތައް ގިނަވުމާ ގުޅިގެން މިސްރު ސަރުކާރުން ވަނީ ރޭލުގެ ނިޒާމު އަޕްގްރޭޑްކުރުމަށް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. ނަމަވެސް، މި ހާދިސާއިން ދައްކައިދެނީ އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމެވެ.

]]>
Mon, 14 Oct 2024 15:17:52 +0500 އެޑިޓަރ
ދެ ގެއަކުން 17 މީހުން މަރާލައިފި! https://heerasnews.com/2821 https://heerasnews.com/2821 ދެކުނު އެފްރިކާގެ ރަށްފުުށު ސަރަހައްދެއްގައި އެކަކު އަނެކަކާ ކައިރިން ހިނގި ބަޑިޖެހުމުގެ ދެ ހާދިސާއެއްގައި 17 މީހުން މަރާލައިފިއެވެ. މަރާލާފައިވާ މީހުންގެ ތެރޭގައި 15 އަންހެނުން ހިމެނެއެވެ. 

ހާދިސާ ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް އެތާނގެ ފުލުހުން ވަނީ ފަށާފައެވެ. ހަދިސާގައި ޒަހަމްވެ ސީރިއަސް ހާލަތެއްގައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ބަޑިޖެހުމުގެ މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ އީސްޓަން ކޭޕް ޕްރޮވިންސްގެ ލުސިކިސިކީގައެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ބަޑިޖެހިފައިވަނީ އަވަށުން ބޭރުގައި އަޅާފައިވާ ގެތަކެއްގެ ތެރެއިން ދެ ގެއަކަށެވެ. އެއްގޭގައި 12 އަންހެނުންނާއި ފިރިހެނަކު މަރާލާފައިވާއިރު އަނެއް ގޭގައި ތިން އަންހެނަކާއި ފިރިހެނަކު މަރާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

ދެކުނު އެފްރިކާއަކީ ދުނިޔޭގައި މަރުގެ ނިސްބަތް އެންމެ ގިނަ އެއް ގައުމެވެ. ގޭގޭގައި ތިބޭ މީހުންގެ ގަޔަށް ބަޑިޖަހާ މެރުމަކީ ސައުތު އެފްރިކާގައި ފަހަކަށް އައިސް އާއްމުކަމެކެވެ.

މިދިޔަ އޭޕްރީލް މަހުވެސް ކުވާޒޫލޫ ނަޓަލް ޕްރޮވިންސްގައި ހުންނަ ގެއެއްގެ ތެރެއަށް ބަޑިޖަހައި އެއް އާއިލާއެއްގެ ދިހަ މެންބަރުން ވަނީ މަރާލާފައެވެ. މަރާލެވުނު މީހުންގެ ތެރޭގައި ހަތް އަންހެނުންނާއި 13 އަހަރުގެ ފިރިހެން ކުއްޖެކު ހިމެނެއެވެ.

ގާތްގަނޑަކަށް 62 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު އެފްރިކާގައި 2023 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި 27،000 އަށް ވުރެ ގިނަ މީހުން ބަޑިޖަހާ މަރާލާފައިވާއިރު އެއީ ދުވާލަކަށް 70 އަށް ވުރެ ގިނަ މީހުންނެވެ.

ދެކުނު އެފްރިކާގައި ބަޑިޖަހައިގެން ކޮންމެ 100،000 މީހުންގެ ތެރެއިން ގާތްގަނޑަކަށް 45 މީހުން މަރާލާފައިވެއެވެ. އެމެރިކާގައި ކޮންމެ 100،000 މީހެއްގެ ތެރެއިން ބަޑި ޖަހައިގެން މަރާލާފައިވަނީ ގާތްގަނޑަކަށް 6.4 މީހުންނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި ބަޑިޖަހައިގެން މެރުމުގެ ނިސްބަތަކީ ކޮންމެ ލައްކައަކުން އެކެކެވެ.

ދެކުނު އެފްރިކާގައި ބަޑިއާ ބެހޭ ގާނޫނުތައް އެކަށީގެންވާ ވަރަށް ހަރުކަށްޓެވެ. ނަމަވެސް ރަޖިސްޓްރީ ނުކޮށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބަޑި ދައުރުވުމަކީ ބޮޑު ގައުމީ މައްސަލައެކެވެ.  

]]>
Mon, 30 Sep 2024 13:26:01 +0500 އެޑިޓަރ
ޕޯލިއޯ ވެކްސިން ދިނުމަކީ އޮތް ގޮންޖެހުމެއް https://heerasnews.com/2730 https://heerasnews.com/2730 1.2 މިލިއަނަށް ވުރެ ގިނަ ޕޯލިއޯ ވެކްސިން ޑޯޒް ހޯމަ ދުވަހު ގައްޒާއަށް ގެންގޮސްފިއެވެ. ޕޯލިއޯ ވެކްސިން ގައްޒާއަށް ފޮނުވައިފައި ވަނީ ވޭތުވެ ދިޔަ 25 އަހަރު ތެރޭގައި އެ ސަރަހައްދުން ޕޯލިއޯ ބަލި ޖެހުނު ފުރަތަމަ ކޭސް ފެންމަތި ވުމުންނެވެ. ޕޯލިއޯއަށް ކުއްޖަކު ފައްސިވީ މިމަހުގެ ކުރީކޮޅެވެ.

އދ.ގެ ކުޑަކުދިންގެ ފަންޑު ޔުނިސެފުން ވެކްސިން ފޯރުކޮށް ދެމުން އަންނަނީ ދުނިޔޭގެ ސިއްހަތާބެހޭ އިދާރާ އާއި ފަލަސްތީނަށް އެހީތެރިވާ އދ.ގެ މައިގަނޑު އިދާރާ ޔޫއެންއާރުޑަބްލިއުއޭ އާއި އެހީދޭ އެހެނިހެން ގްރޫޕްތަކާ ގުޅިގެންނެވެ.

ޔޫއެންއާރުޑަބްލިއުއޭގެ އޮފިޝަލުން ހޯމަ ދުވަހު ބޭއްވި ނިއުސް ބްރީފިނެއްގައި ބުނެފައިވާ ގޮތުގައި އެ މީހުން އުންމީދު ކުރަނީ ހޮނިހިރު ދުވަހުން ފެށިގެން ގައްޒާގެ ކުދިންނަށް ފުރަތަމަ ވެކްސިން ދިނުމަށް ކަމަށެވެ. ނަމަވެސް މި ކެމްޕޭނަކީ "ވަރަށް އުނދަގޫ އޮޕަރޭޝަނަކަށް ވާނެ ކަމަށާއި އޭގެ ކާމިޔާބީ ވަރަށް ބޮޑަށް ބިނާވެފައި އޮންނާނީ އެ ދުވަސްވަރު ބިމުގައި އޮތް ހާލަތަކަށް" ކަމަށް އެ އިދާރާއިން ބުނެއެވެ.

ޑަބްލިއު.އެޗް.އޯ. ޗީފް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައްޒާގެ 10 މަހުގެ ކުއްޖަކަށް ޕޯލިއޯ ޖެހި އެއް ފައި ޕެރެލައިޒްވެފައިވާ ކަމަށެވެ. މިދިޔަ މަހު ނަޖިސްފެނުގެ ސާމްޕަލްތަކުން ޕޯލިއޯ ފެނުނު ނަމަވެސް މިއީ 25 އަހަރު ތެރޭގައި ގައްޒާއިން ޕޯލިއޯއަށް ފައްސިވީ ފުރަތަމަ ކުއްޖާއެވެ.

މަދުވެގެން ގައްޒާގެ 95 ޕަސެންޓް ކުދިންނަށް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭނެއެވެ. ބަލި ފެތުރުން ހުއްޓުވުމަށާއި އަލުން ފެތުރުމުގެ ނުރައްކާ ކުޑަކުރުމަށް އެކަން ކުރަންޖެހޭ ކަމަށް ޔުނިސެފުން ބުނެއެވެ .

ހަނގުރާމަވެރި ހަލަބޮލިކަމަށް މަޑުޖެހުން އައުމަކާ ނުލައި ވެކްސިން ފޯރުނުކުރެވޭނެ ކަމަށް ޔުނިސެފާއި ޑަބްލިއު.އެޗް.އޯ. އިން ވަނީ ބުނެފައެވެ. ގައްޒާގައި ހަނގުރާމަވެރި ހަލަބޮލި ކަމަށް މަޑުޖެހުމެއް ގާއިމްކޮށް، ދެ ބުރުގެ ވެކްސިން ވެސް ފޯރުކޮށް ދެވޭނެގޮތް ހަދާދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

ގައްޒާގައި ސާފު ފެނާއި އަމިއްލަ ސާފުތާހިރުކަމުގެ ސާމާނު ނެތުމުގެ އިތުރުން ގެދޮރު ގެއްލިފައިވާ އާއިލާތައް ހިޔާވަހިކަން ހޯދަމުން ދިޔަ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ނަރުދަމާ އާއި ކުނި އެއްކުރުމުގެ މައްސަލަތައް ކުރިމަތިވެފައިވާއިރު، ހަމައެކަނި ޖަހާވެކްޝިނަކުން ފައިދާ ނުކުރާނެ ކަމަށް ގައްޒާގެ ހެލްތު މިނިސްޓްރީން އިންޒާރު ދީފައިވެއެވެ.

]]>
Wed, 28 Aug 2024 17:13:10 +0500 އެޑިޓަރ
އައިއެޗްޖީ ހޮޓާ ފްލޯޓިން ސިޓީ އޮކްސަގަންގައި https://heerasnews.com/1659 https://heerasnews.com/1659 އިނގިރޭސިވިލާތުގެ ހޮޓެލް ކުންފުނި އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ސައުދީ އަރަބިއްޔާގެ އައްސޭރިފަށުގެ ސިނާއީ ސިޓީ އޮކްސަގަންގައި ފުރަތަމަ ޕްރޮޕަޓީ އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައިއެޗްޖީ އަކީ ހޮލިޑޭ އިން، އިންޓަކޮންޓިނެންޓަލް، އިންޑިގޯ އަދި ކްރައުން ޕްލާޒާ ފަދަ އައިކޮނިކް ބްރޭންޑްތަކުގެ ފަހަތުގައި ވާ މަޝްހޫރު ނަމެވެ.

އޮކްސަގަން އަޅަނީ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން އިންޑަސްޓްރިއަލް ކޮމްޕްލެކްސްގެ ގޮތުގައިއެވެ. މި ސިޓީ 2023 ވަނަ އަހަރުގެ ނިޔަލަށް 90،000 މީހުންނަށް ދިރިއުޅެވޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ސިޓީއަށް ކަރަންޓް ދޭނީ 100 ޕަސެންޓް ސާފު ހަކަތައިންނެވެ.

ސައުދީ އަރަބިއްޔާގައި 35އަށް ވުރެ ގިނަ ހޮޓަލް ހިންގާ އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސް އިން އޮކްސަގަންގައި ހޮޓެލް އިންޑިގޯ ޕްރޮޕަޓީ 2026 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ 250 ކޮޓަރީގެ މި ހޮޓަލަކީ ފްލޯޓިން ސިޓީގެ ފުރަތަމަ ރެސިޑެންޝަލް ކޮމިއުނިޓީގައި ގާއިމްކުރާ ހޮޓަލެވެ.

އިންޑިގޯ ހޮޓަލަކީ ޕޫލް ލައުންޖަކާއި ކެފޭތަކާއި ހާސްސަ ރެސްޓޯރެންޓް ފަދަ ގިނަ ވަސީލަތްތަކެއް ލިބިގެންދާނެ ލައިފް ސްޓައިލް މަންޒިލެއްގެ ގޮތުގައި ފަރުމާކުރާ ހޮޓަލެކެވެ. އަދި ޕްރޮޕަޓީގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ސްޕާ އާއި 24 ގަޑިއިރު ފިޓްނަސް ސެންޓަރު ހިމެނޭ ގޮތަށް ޗުއްޓީ ހޭދަކުރުމާއި ދުޅަހެޔޮކަމުގެ ގިނަ ވަސީލަތްތަކެއް ވެސް މިތަނުން ލިބިގެންދާނެއެވެ.

]]>
Sat, 22 Jul 2023 13:16:32 +0500 ނާއިރާ
މަދީނާއިން ހައްޖު ސީޒަނުގެ ތައްޔާރީތައް ނިންމާލައިފި https://heerasnews.com/1500 https://heerasnews.com/1500 2023 ވަނަ އަހަރުގެ ހައްޖު ސީޒަނުނައި ހައްޖުވެރިންނަށް ވީހާވެސް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މަދީނާގެ ކަމާބެހޭ ފަރާތްތަކުން އޮޕަރޭޝަނަލް ޕްލޭން ލޯންޗުކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތް ތަކުން ބުނެފިއެވެ.

މަދީނާ މުނިސިޕަލްޓީން ބުނެފައި ވަނީ މި އޮޕަރޭޝަންލް ޕްލޭންގެ ދަށުން މާކެޓްތަކާއި ވިޔަފާރި މަރުކަޒުތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކޭޓަރިން ބަދިގެތައް މޮނިޓަރކޮށް ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަން ކޮންޓްރޯލްކޮށް ރަނގަޅު ކުރުމަށް އެހީތެރިވުމަށް 9900 އަށް ވުރެ ގިނަ މީހުން ވަޒީފާއަށް ނެރެ 800 އަށް ވުރެ ގިނަ ސާމާނު ފޯރުކޮށްދީފައި ވާނޭ ކަމަށެވެ.

 އަދި މަތީ ފެންވަރުގެ ސާފުތާހިރުކަމާއި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހައިވޭތަކުގައި ހުންނަ ގޭސް ސްޓޭޝަންތަކާއި ސާވިސް ސެންޓަރުތަކުގެ އިތުރުން ބޯކޮށާ ތަންތަނާއި ބިއުޓީ ސެލޫންތަކާއި މަގުމަތީގައި ވިޔަފާރިކުރާ ފަރާތްތައް މޮނިޓަރކޮށް މެދުނުކެނޑި ސާފުކުރުމުގެ ގޮތުން ސްޓިރިލައިޒް ކުރުމުންވެސް ހިމެނޭނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނަނީ އެމީހުންގެ އޮޕަރޭޝަނަލް ޕްލޭންސްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސިޓީ ސެންޓަރާއި މީހުން ދިރިއުޅޭ އަވަށްތަކާއި މިސްކިތްތަކާއި އެތަންތަނުގެ ވަށައިގެންވާ ސަރަހައްދުތަކާއި ތާރީހީ އިސްލާމީ ތަންތަނާއި މާރުކޭޓް ތަކަށެވެ.

]]>
Thu, 08 Jun 2023 12:24:25 +0500 ނާއިރާ
މިޞްރުން ގަދީމީ ވޯކްޝޮޕްތަކާއި، މަހާނަތަކެއް https://heerasnews.com/1449 https://heerasnews.com/1449 މިސްރުގެ އާސާރީ ތަކެއްޗާބެހޭ ފަރާތްތަކުން ވަނީ ހޮނިހިރު ދުވަހު ދާދި ފަހުން ވެރިރަށް ޤާހިރާގެ ބޭރުގައި ހުންނަ ފިރުޢައުނުގެ ނެކްރޮޕޮލިސްއަކުން ފެނުނު ގަދީމީ ވޯކްޝޮޕްތަކާއި މަހާނަތަކެއް ދައްކާލާފައެވެ.

މި އާސާރީ ތަކެތި ފެނިފައިވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދު ކަމަށްވާ މިސްރުގެ ގަދީމީ ވެރިރަށް މެމްފިސްގެ ބައެއް ކަމަށްވާ ސަކާރާގެ ނެކްރޮޕޮލިސް އިންނެވެ.

ސުޕްރީމް ކައުންސިލް އޮފް އެންޓިކިއުޓީސްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވަނީ މި ވޯކްޝޮޕްތައް އޭރުގެ މީހުން ބޭނުން ކުރަމުން އައިސްފައި ވަނީ އިންސާނުންނާއި މުޤައްދަސް ޖަނަވާރުތައް މަމިފައި ކުރުމައްކަމަށެވެ. އެއީ 30 ވަނަ ފިރުއައުނީ ދަރިކޮޅު (މީލާދީން 380 އިން މީލާދީން 343) އާއި ޓޮލެމިކް ޒަމާނު (މީލާދީން 305 އިން މީލާދީން 30) ގައި މަސައްކަތް ކުރަމުން އައިސްފައިވާ ތަނެކެވެ.

ވޯކްޝޮޕްތަކުގެ ތެރެއިން އާކިއޮލޮޖިސްޓުންނަށް މަށިން ހަދާފަހުރި ތަށިތަކާއި މަމިފިކޭޝަންގައި ބޭނުންކުރި ކަމަށް ބެލެވޭ ތަކެތީގެ އިތުރުން އަޅުކަން ކުރުމަށް ބޭނުން ކުރަމުން ދިޔަ ތަކެތިވެސް ފެނިފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި މިސްރުގެ ސަރުކާރުން ވަނީ އާސާރީ ހޯދުންތައް ބައިނަލްއަގްވާމީ މީޑިއާތަކާއި ޑިޕްލޮމެޓުންނަށް ވަރަށް ބޮޑަށް ޕްރޮމޯޓްކޮށްފައެވެ.

 

]]>
Sat, 27 May 2023 21:34:41 +0500 ނާއިރާ
ކޯރެއް ކައިރިން ދިރި ތިއްބާ 2 ކުދިން ސަލާމަތް ކޮއްފި https://heerasnews.com/1390 https://heerasnews.com/1390 ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކިވޫ ލޭކްގެ އައްސޭރިފަށުން ތުއްތު ދެ ކުދިން ދިރިތިއްބާ ފެނިއްޖެ އެވެ. އެއީ އެއް މަހާއި ދެ ހަފްތާގެ ފިރިހެން ކުއްޖަކާއި ގާތްގަނޑަކަށް ދެ މަހުގެ އަންހެން ކުއްޖެކެވެ.

މިތަނުން އެއް ކުއްޖަކު ސަލާމަތް ކޮއްފައިވަނީ އަންގާރަ ދުވަހު ލޭކް ކައިރީގައި ހުރި ގާތަކެއްގެ ތެރެއިންނެވެ. އަނެއް ކުއްޖާ ސަލާމަތް ކުރީ ހޮނިހިރު ދުވަހު ލޭކް މަތީން އޮޔާދާތަން ފެނިގެންނެވެ.

މައުލޫމާތު ލިބޭގޮތުގައި ފިރިހެން ކުއްޖާގެ ފަލަމަސްގަނޑުގެ ކަށިގަނޑަށާއި މޫނަށް ވަނީ އަނިޔާ ލިބިފައިއެވެ. ސަލާމަތް ކުރި އަންހެން ކުއްޖާއަކަށް އެއްވެސް ކަމެއްނުވެއެވެ. އެކުއްޖާ އޮތީ ސަލާމަތުންނެވެ. އުދައެރުމުގެ ސަބަބުން ފަނާވެފައިވާ ބުޝުޝޫ އާއި ނިޔާމުކުބީ އަވަށުން ސަލާމަތްކުރި  ތުއްތު ކުދިންނާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ޒަޚަމްވީ ކުއްޖާގެ މަންމަ ވަނީ ގެއްލިފައިކަމަށެވެ. އަދި އަނެއް ކުއްޖާގެ މަރުވެފައިވާ މަންމައާއި ބައްޕަގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށެވެ.

މިހާރު ކުރަމުން ދާ ވިއްސާރާގައި ބުޝުޝޫ އާއި ނިޔާމުކުބީ އަވަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކޯރުތައް ބަންޑުންވެ، ބިންގަނޑު ކަހާލައިގެން ގޮސް މިހާތަނަށް ވަނީ 400 އަށް ވުރެ ގިނަމީހުން މަރުވެފައިއެވެ. އަދި 1000 އަށް ވުރެ ގިނަމީހުން ހޯދާ ނުފެނިފައިއެވެ.

]]>
Tue, 16 May 2023 00:08:39 +0500 ނާއިރާ
އަނެއްކަާވެސް ދޯންޏެއް ބަންޑުން ޖަހާލައިގެން މަރުތަކެއް https://heerasnews.com/1367 https://heerasnews.com/1367 ނައިޖީރިއާގެ ހުޅަނގު އުތުރުގައި ދޯންޏެއް ބަންޑުން ޖަހާލައިގެން 15 ކުޑަކުދިން ގެބިގެން މަރުވެފައިވާ ކަމަށް ފުލުހުން ބުދަ ދުވަހު ބުނެފިއެވެ.

މައުލޫމާތު ލިބޭގޮތުން މި ހާދިސާ މެދުވެރިވީ އަންގާރަ ދުވަހު މިކުދިން އާންމުދަނީ ހޯދުމަށް ދަރުހޮވަން ދަނިކޮށް، ދަތުރުކުރަމުން ދިޔަ ބޯޓު ހިސާބަށް ވުރެ ބަރުވެގެންގޮސް ކޯރެއްގެ މެދަށް ބަންޑުން ޖަހާއިލުމާއި ގުޅިގެންނެވެ. މި ކުދިން ދަރުހޮވަން ދަނީ ކޯރުގެ އަނެއްފަޅީގަ އޮންނަ ޖަންގައްޔަށެވެ. 

މި ހާދިސާ ހިނގި ގަޑީގަ އެ ދޯނީގައި 40 ކުދިން ތިބި ކަމަށް ހަބަރުތައް ލިބެއެވެ. މީގެ ތެރެއިން 25 ކުދިން އަދިވެސް ވަނީ ހޯދާނުފެނިފައެވެ. މަރުވެފައިވަނީ 13 އަންހެންކުދިންނާއި 2 ފިރިހެން ކުދިންނެވެ.

ބޯޓުތައް ބަންޑުން ޖެހުމަކީ ނައިޖީރިއާގެ ގިނަ ކޯރު ސަރަހައްދު ތަކުގައި ވަރަށް ވެސް އާންމު ކަމެކެވެ. އެ ހިސާބުގައި ދިރި އުޅޭ މީހުނަށް ދަތުރުފަތުރުގެ މައިގަނޑު ވަސީލަތަކަށް ވެފައި ވަނީ އެމީހުން އަމިއްލިޔަށް އުފައްދާ ދޯނިތަކެވެ. އެހެން ކަމުން އެފަދަ ދޯނި ތަކަކީ ގަވާއިދުން ސަލާމަތީ ކަންކަން ބަލަހައްޓާ ބޯޓު ތަކެއްނޫނެވެ. ނަތިޖާއަކަށް ވެގެން ދަނީ ފުރާނަޔަށް ނުރައްކާ ވާކަހަލަ ބިރުވެރި ހާދިސާތައް ކުރިމަތިވުމެވެ.

]]>
Thu, 11 May 2023 00:23:19 +0500 ނާއިރާ
ސޫދާނުގެ ކުޑަކުދިންނަށް ރައްކާތެރިކަމެއް ނެތް https://heerasnews.com/1308 https://heerasnews.com/1308

ސޫދާނުގެ ކުޑަކުދިން ހިމާޔަތްކުރުމަށް ދުނިޔޭގެ އެންޖީއޯތަކަކުން ގޮވާލައިފިއެވެ. އަނިޔާވެރި ހަމަނުޖެހުންތައް ކުރިއަށްދާއި ސޫދާނުގައި ކުޑަކުދިން ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލީ ވޯލްޑް ވިޝަންއާއި ސޭވް ދަ ޗިލްޑްރަންސް އާއި ޔުނިސެފުންނެވެ. 

ސޫދާނުގައި މިހާރު ހިނގަމުންދާ ހަގުރާމައިގައި ލިބެމުންދާ ގެލުންތަކުގެ ސަބަބުން ސޫދާނުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތިންބައިކުޅަ އެއްބައި ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކުޑަކުދިންނާއި ހާއްސައެހީއަށް ކޮންމެހެން ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޭސްފަރުވާވަނީ ހުއްޓިފައެވެ. އެ ކުދިންވަނީ ސިއްހީއެހީތެރިކަމުން އެއްކޮށް މަހުރޫމްވެފައި ކަމަށްވެސް އެ ޖަމުއިއްޔާތަކުން ބުނެއެވެ.

ކަރަންޓް ކެނޑިފައި އޮތުމުގެ ސަބަބުން ވެކްސިން ރައްކާކުރަން ބަހައްޓާ " ކޯލްޑް ޗޭން "ތަކަށް އަސަރުކޮށް ވެކްސިންތައް ސަކަރާތްވެ ވެކްސިން ނުޖެހި ޒީރޯ ޑޯޒްގެ އެތައް މިލިއަން ކުދިންނަށް ފުރާނަޔަށް ނުރައްކާވާ މަރުގެ ބަލިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެއެވެ.

ސޫދާނުގައި މިހާރުވެސް 8.5 މިލިއަނަށްވުރެ ގިނަ ކުޑަކުދިން އިންސާނީއެހީތެރިކަމަން ބޭނުންޖެހިފައި ތިބިއިރު ހަނގުރައިމާގެ ދަތިކަމުގެ ސަބަބުން "ސީރިއަސް އެކިއުޓް މަލްނިއުޓްރިޝަން" ޖެހިފައިވާ ކަމަށް ލަފާކުރެވޭ 50،000 ކުދިންނަށް ފަރުވާ ދިނުމަށް ވަނީ ބުރޫއަރާފައެވެ. މީގެ އިތުރުން ސްކޫލްތައް ބަންދުވެފައި އޮތުމާއި ގުޅިގެން އެތައް މިލިއަން ކުދިން ވަނީ ތައުލީމު އުގެނުމުން މަހުރޫމުވެފައެވެ.

ވޯލްޑް ވިޝަންއާއި ސޭވް ދަ ޗިލްޑްރަންސް އަދި ޔުނިސެފް އިން ވަނީ ހަމަނުޖެހުން ތަކުގެ ސަބަބުން ކުޑަ ކުދިންނަށް ދިގު މުއްދަތެއް ވަންދެން ކުރާނެ އަސަރުތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާޅުކޮއްފައެވެ. އަދި ހަގުރާމަކުރިއަސް ކުޑަ ކުދިންނާއި އިންސާނީ އެހީތެރިކަން ބޭނުން ޖެހިފައިވާ މީހުނަށް ސިއްހީ ހިދުމަތް ތަކާއި ، ކާނާއާއި، ބޯފެނާއި ، ރައްކާތެރިކަމާއި ، ތައުލީމް އުގެނުމުގެ ފުރުސަތު ލިބެންޖެހޭނެ ގޮތް ހޯދަދޭން ޖެހޭނެކަމަށް އެ ޖަމައަތްތަކުން ބުނެއެވެ. ސޫދާނު ކުދިންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައު ކުރިއަށް އައްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ގޮވާލާފައިވެއެވެ.

ސޫދާނުގެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ހަނގުރާމަތައް ހުއްޓާލަން ޖެހެއެވެ.

]]>
Sat, 29 Apr 2023 02:43:45 +0500 ހީރަސްނިއުސް
ސޫދާނުގައި ތިބި ޑިޕްލޮމެޓުން ސޫދާނުން ފޮނުވާދެނީ https://heerasnews.com/1273 https://heerasnews.com/1273 އިނގިރޭސިވިލާތް، ޗައިނާ އަދި ފަރަންސޭސިވިލާތު ޑިޕްލޮމެޓުން އަސްކަރީ މަތިންދާބޯޓު ތަކުގައި ސޫދާނުން ބޭރަށް ގެންދިއުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސޫދާނުގެ އަސްކަރިއްޔާ (އެސްއޭއެފް) އިން ބުނެފިއެވެ.

އަސްކަރިއްޔާގެ ވެރިޔާ އަބްދުލް ފައްތާހު އަލް ބުރުހާން ވިދާޅުވީ ބައެއް ގައުމުތަކުގެ ވެރިންނާ ވާހަކަ ދައްކައި، އެ ގައުމުތަކުގެ ރައްޔިތުން ރައްކާތެރިކަމާއެކު ސޫދަނުން ބޭލުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ވެރިރަށް ޚަރްތޫމްގެ މައި ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ބޮޑެތި ހަމަލާތަކެއް އަމާޒުވެފައިވާތީ އެކަމަށް  އަސްކަރީ މަތިންދާބޯޓުތައް ބޭނުންވާނެ ކަމަށްވެއެވެ.

ގަލްފުގެ ކުޑަ ކުޑަ ގައުމެއް ކަމަށްވާ ޖިބޫޓީގައި ހުންނަ ކަނޑުގެ އަސްކަރީ މަރުކަޒަކަށް އިތުރު ސިފައިން ގެންދަނީ އެމެރިކާ އެމްބަސީގެ ސިފައިން ގެނައުމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ޕެންޓަގަން އިން ބުނެއެވެ.

ސޫދާނުގައި ހަނގުރާމަ ފެށި ފަހުން މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. އެސްއޭއެފް އާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން ވެސް ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރި ނަމަވެސް މަގުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި ވައިގެ ހަމަލާތަކާއި ވަރުގަދަ އާޓިލަރީ ބަޑީގެ ހަމަލާތައް އަދިވެސް ދަނީ ހިނގަމުންނެވެ.

]]>
Sat, 22 Apr 2023 21:19:37 +0500 ޒުރޫ
އެފްރިކާ ބައްރުގެ އެންމެ މުއްސަދި އަންހެނާ ހޯދަންފަށައިފި https://heerasnews.com/758 https://heerasnews.com/758 ދުނިޔޭގެ ފުލުހުންގެ އޭޖެންސީ އިންޓަޕޯލުން އެންގޯލާގެ ވިޔަފާރި ޓައިކޫން އިޒަބެލް ޑޮސަންތޮސް ހޯދުމަށް އިއުލާނުކޮއްފިއެވެ. އިންޓަރ ޕޯލްގެ ރެޑް ނޯޓިސްގައިވަނީ ހިފާ ހައްޔަރު ކުރުމުގެ އަމުރެއް ނޫންކަމަށް ރޮއިޓާސްއިން ހަބަރުދެއެވެ. ބުދަ ދުވަހު އިންޓަރޕޯލްއިން ނެރުނު އަމުރުގައިވަނީ އިޒަބެލް ޑިސަންތޮސް އުޅޭތަނެއް ހޯދާ ލޮކޭޓުކުރުމަށާއި ގާނޫނީ ފިޔަވަޅު އެޅުމާއި އެންގޯލާއަށް ފޮނުވާ ދިނުމެވެ.

އެންގޯލާގެ ޕަބްލިކް ޕްރޮސިކިއުޓަރ ހެލްޑަރ ޕިއްޓާ ގްރޮސް ރިޕޯޓަރުންނަށް ދިން އިންޓަވިއުގާ ބުނެފައިވަނީ އެންގޯލާ ސަރުކާރުން 49 އަހަރުގެ ވިޔަފާރިވެރިޔާ ބަންދުކޮއްގެން ގެނައުމަށް އިންޓަޕޯލްގައި އެދިފައިވާނެ ކަމަށެވެ. އޭނާގެ މައްޗައް ސަރުކާރުން ވަރަށްގިނަ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.

ޑޮސަންތޮސް ބުނަމުން ދަނީ އޭނާގެ މައްޗައް ކުރާ ތުހުމަތު ތަކަކީ ސިޔާސީ ކަމެއް ކަމަށެވެ. އެއްވެސް ހަގީގަތެއް އެކުލެވޭ އެއްވެސް ދައުވާއެއް ކޮއްފައި ނެތްކަމަށެވެ. ޑޮސަންތޮސް އަކީ އެންގޯލާގައި ހުރި އެންމެ މުއްސަދި މީހާއެވެ. އަދި އެފްރިކާ ބައްރުގައި ހުރި އެންމެ މުއްސަދި އަންހެން ވިޔަފާރިވެރިޔާއެވެ. ޑޮސަންތޮސް އަކީ އެންގޯލާގައި 2017 ވަނަ އަހަރާއި ޖެހެންދެން ޖުމްލަ 38 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް ޖޯސް އެޑްވާޑޯ ޑޮސަންތޮސްގެ ދަރިކަބަލުންނެވެ. އެންގޯލާގެ ކުރީގެ ރައީސް ޖޯސް އަވަހާރަވުމަށް ފަހު ޖޯސްގެ މުދާތައްވެސް ލިބިފައިވަނީ އިޒެބެލް އަށެވެ.

އެންގޯލާގެ ދައުލަތުގެ ހަޒާނާއިން އެއް ބިލިއަން ޑޮލަރުގެ ހިޔާނާތް ވެފާވާ ކަމަށް ތުހުމަތު ކުރިއެވެ. އަދި އެންގޯލާގެ ތެޔޮ ކުންފުނި ސޮނަންގޯލްއިން ވެސް އެ ކަމަނާގެ ބައްޕާފުޅުގެ ވެރިކަމުގައި ވައްކަން ކުރިކަމަށް ތުހުމަތު ކުރެއެވެ. 2020ވަނަ އަހަރު އިޒެބެލް އާއި އިޒެބެލްގެ ފިރިކަލުންގެ މައްޗައް ކަރަޕްޝަންގެ ތުހުމަތު އުފުލުނެވެ.

ސީއެންއެން ޕޯޗްގަލް އަށް އިޒިބެލް ޑޮސަންތޮސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުފައިވަނީ އެންގޯލާގެ ކޯޓުތައް މިނިވަން ނޫން ކަމަށާއި ފަޑިޔާރުން ހުކުމް ކުރަނީ ސިޔާސީ ވެރިން ހިތް ރުއްސަން ކަމަށެވެ. އިޒެބެލްގެ އާއިލާ ފިލައިގެން ގޮސް ދިރިއުޅެމުން ދަނީ ކޮން ގައުމެއްގައިކަން އަދި ވަނީ ކަށަވަރުނުވެއެވެ. ޕޯޗަގަލް، އިގިރޭސިވިލާތް އަދި އޫއޭއީއަށް ވެސް ދާދި ފަހުން ދަތުރު ކުރި ކަމަށް ނޫސްތަކުން ބުނެއެވެ.

]]>
Thu, 01 Dec 2022 20:58:41 +0500 ހީރަސް