Maldives Real Time Facts & : އެމެރިކާ https://heerasnews.com/rss/category/އެމެރިކާ Maldives Real Time Facts & : އެމެރިކާ dv ކޮޕީރައިޓް: Heerasnews llp (P013622021) ޕައިލެޓް މަރުވެގެން ބޯޓެއް ޖައްސައިފި https://heerasnews.com/2851 https://heerasnews.com/2851 ޓާކިޝް އެއާލައިންސްގެ ފްލައިޓެއް ނިއުޔޯކުގެ ޖޭއެފްކޭއަށް ކުއްލި ގޮތަކަށް ޖައްސައިފިއެވެ. ބޯޓް ކުއްލިގޮތަކަށް ޖެއްސީ ބޯޓު ދުއްވަމުން ދިޔަ ކެޕްޓަން ނިޔާވުމުން ކަމަށް އެއާލައިންގެ އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

އުމުރުން 59 އަހަރުގައި ނިޔާވި ޕައިލެޓަކީ އިލްޗެހިން ޕެލިވާން އެވެ. އެއާރބަސް އޭ350-900 އިން ޑައިވަރޝަން ހެދީ އިސްތަންބޫލަށް ދަތުރުކުރަމުން ދަނިކޮށެވެ. 

"ފަސްޓް އެއިޑް ދިނުމަށް ކުރި ނާކާމިޔާބު މަސައްކަތަކަށް ފަހު ކުއްލި ގޮތަކަށް ޖެއްސުނުއިރު ކެޕްޓަން މަރުވެއްޖެއެވެ. 

ބޯޓް ޖެއްސީ އެހެން ޕައިލެޓަކާއި ކޯ ޕައިލެޓާއި ފްލައިޓް ކްރޫއިން ކުއްލި ގޮތަކަށް ލޭންޑިން ކުރަން ނިންމައިގެންނެވެ.

]]>
Wed, 09 Oct 2024 21:19:15 +0500 Muaz
އެއްދުވަހުން ހަނގުރާމަ ހައްލުކުރާނަން: ޓްރަމްޕް https://heerasnews.com/2825 https://heerasnews.com/2825 އިޒްރޭލުގެ ޓެލްއަވީވްއަށް އިރާނުން ދިން ބެލެސްޓިކް މިސައިލް ހަމަލާގައި އިޒްރޭލުގެ ދަނގަޑު ގުއްބު ފުޑުފުޑު ކޮށްލުމުން ދުނިޔޭގެ 3ވަނަ ބޮޑު ހަނގުރާމައާއި ގާތްވާން ނުޖެހޭ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އީރާނުން ތެލްއަވީވްއަށް ދިން ބެލެސްޓިކް މިސައިލް ހަމަލާގައި އިޒްރޭލްގެ ނެވަޓީމް އެއަރ ބޭސް ދިފާއު ނުކުރެވި ވަނީ ފުޑުފުޑު ވެފައެވެ. ޓެލްއަވީވްގެ ބައިބޯ ހިސާބަކަށް އިރާނުން ދިން ބެލެސްޓިކް މިސައިލް ހަމަލާގައި އިޒްރޭލް ސިފައިން ދިފާއީ އައްޑަނައަކަށް އާއްމުން ބޭނުން ކުރަމުންދާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އީރާނުން އިޒްރޭލްގެ ތެލްއްވީގެ ވައިގެ މަރުކަޒަކަށް ދިން ބެލެސްޓިކް މިސައިލް ހަމަލާއާއި ގުޅިގެން އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ފެނިގެން މިދަނީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާގެ ނާކާމިޔާބު ހާރިޖީ ސިޔާސަތުގެ ނަތީޖާއެވެ. އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕް އާއި ވާދަކުރައްވާ ކެންޑިޑޭޓެވެ. 

ޓްރަމްޕް ވިދާޅުވަނީ މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ނުރައްކާތެރި ހަނގުރާމަ ޓްރަމްޕްގެ ވެރިކަމެއްގައި އެންމެ ދުވަހަކުން ހައްލު ކުރައްވާނެ ކަމަށެވެ. 

]]>
Wed, 02 Oct 2024 01:55:06 +0500 އެޑިޓަރ
ޑްރާމާ ހުއްޓާލަން ތައްޔާރު: ނަތަންޔާހޫ https://heerasnews.com/2814 https://heerasnews.com/2814 އިސްލާމީ ދައުލަތުގެ ބާރުކަނޑުވާލުމަށް އިޔަހޫދި އައު ހުށަހެޅުމެއް އަނެއްކާވެސް ހުށަހަޅައިފިއެވެ. ސަލާމްލެއްވި އިބްރާހީމް ނަންފުޅުގައި ހީލަތުގެ އަނެއް ޒައިތޫނި ފަތްކޯޅި ދިއްކޮށްލީއެވެ. ސުލްހަޔާއި އަމާންކަމާއި ތަނަވަސްކަމާއި ކުރިއެރުމުގެ ނަމުގައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުކުރު ދުވަހު އދ ގައި ވާހަކަ ދައްކަމުން އިއުލާން ކުރިގޮތުގައި އިސްރާއީލުން "ޑްރާމާ ކުޅުން ހުއްޓާލާ" ސުލްހަ ވުމަށް އޮތީ ތައްޔާރަށެވެ. ނަތަންޔާހޫ ގެ ހުށަހެޅުމަކީ އޭނާގެ ގައުމާއި ސައުދީ އަރަބިއްޔާއާ ދެމެދު ތާރީހީ ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމެވެ.

އޭނާ ފާހަގަކުރި ގޮތުގައި އެބުނާ އެއްބަސްވުމަކީ ޔަހޫދީ ދީންނާއި އިސްލާމުންނާ ދެމެދު ވެވޭ އެއްބަސްވުމެކެވެ. ގުދުސް އާއި މައްކާއާ ދެމެދުވެވެވޭ އެއްބަސްވުމެކެވެ. ސަލާމްލެއްވި އިސްހާގުގެފާނު ދަރިކޮޅުގެ މީހުންނާއި ސަލާމްލެއްވި އިސްމާއީލުގެފާނު ދަރިކޮޅުގެ މީހުންނާއި ދެމެދު ފުޅާ ދާއިރާގައި ސުލްހަ ގާއިމް ކުރުމަށް ހިތްވަރު ލިބޭނެ  އެއްބަސްވުމެކެވެ. ނަތަންޔާހޫ އެ ބުނާ އެއްބަސވުމަކީ "އިބްރާހީމީ އެއްބަސްވުން" ނަމަކަށް ކިޔާ އެއްބަސް ވުމެކެވެ. 

ނަތަންޔާހޫ ބުނާގޮތުން ސައޫދީ އަރަބިޔާއާއިއެކު ވެވޭ މިފަދަ ސުލްހައަކުން އަރަބި އިސްރާއީލުގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ. އިސްރާއީލާއެކު އާންމު ގުޅުމެއް ދެމެހެއްޓުމަށް އެހެން އަރަބި ގައުމުތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އޭނާ ދެކެއެވެ. 

ފަލަސްތީނާއި އެކު ހަގީގީ ސުލްހަ ގާއިމު ވެގެން ދާނީ އިސްރާއީލާއި ސައުދީ އަރަބިއްޔާއާ ދެމެދު ސުލްހަ ގާއިމްވުމުން ކަމަށް ނަތަންޔާހޫދެކެއެވެ. އަރަބި ދުނިޔެއާއި އެކު އިޒްރޭލުން ސުލްހަ ގާއިމުވެ ސުލްހައިގެ ދައުރު ފުޅާވަމުންދާ ވަރަކަށް އެންމެ ފަހުން ފަލަސްތީނު މީހުންނާ އެކު "ހަގީގީ ސުލްހަ" ގެ މަގެއް ހޯދިދާނެ ކަމަށް ނަތަންޔާހޫ ބުނެއެވެ.

އެހެން ނަމަވެސް ޔަހޫދީންނާ ދެކޮޅު ބިރުވެރި ރޭވުންތައް ފެތުރުން ހުއްޓުވާލަން ފަލަސްތީނުގެ ލީޑަރު މަހްމޫދު އައްބާސަށް ޖެހޭނެ ކަމަށް ނަތަންޔާހޫ އިންޒާރުކުރިއެވެ. ފަލަސްތީނުގެ އޮތޯރިޓީން މުޖާހިދުންނަށް ތާއީދުކޮށް ބާރުވެރިކުރުން ހުއްޓާލަން ޖެހޭނެ ކަމަށް ނަތަންޔާހޫ ބުނެއެވެ. އެއް ޒަމާނެއްގައި ކޯޅުންތަކާއި ހަލަބޮލި ތަންތަނުގެ ގޮތުގައި ލިޔެފައިވާ ބިންތަކަކީ ތަނަވަސްކަމާއި ސުލްހަވެރިކަމުގެ ދާއިރާތަކަށް ބަދަލުކުރާ ނިއުމަތުގެ އާ މެދުއިރުމައްޗެއްގެ ގެނެސްދިނުމަށް އަރަބިވެރިންނަށް ނަތަންޔާހޫ ގޮވާލިއެވެ

]]>
Sat, 28 Sep 2024 16:02:10 +0500 އެޑިޓަރ
ކުރީގެ ފަސްޓްލޭޑީ އަކީ އަންހެނެއް ނޫން!؟ https://heerasnews.com/2803 https://heerasnews.com/2803 އެމެރިކާގެ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓިކް ޕާޓީން ނެރޭނެ ކެންޑިޑޭޓަކް ނިންމުމުގައި އުދަގޫ ކަމަކަށްވީ މަގާމުގައި ހުންނެވި ޖޯ ބައިޑިންގގެ މަގުބޫލުކަން އިންތިހާ ދަރަޖައަށް ދަށްކަމަށް ޕޯލްތަކުން ދެއްކުމެވެ. އެހެން ކަމުން ޑިމޮކްރެޓިކް ޕާޓީގެ ޗޮއިސަކަށް ބެލެވުނީ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާއެވެ. އެހިސާބުން އެކިފާޑުގެ ފާޑުކިޔުންތަކާއި ސިޔާސީ ހަމަލާތައް މިޝޭލް އޮބާމާއަށް ރައްދުވާންފެށިއެވެ. 

މިޝޭލް އޮބާމާއާއި ދެކޮޅަށް އެންމެ ބޮޑަށް ގަދަވެގެން ދިޔައަޑަކީ ރައީސް ބަރަކް އޮބާމާގެ އަނބިކަބަލުން މިޝޭލް އޮބާމާއަކީ އަންހެނެއް ނޫންކަމުގެ ތުހުމަތުތަކެއްގެ އަޑެވެ. އެމެރިކާގެ ތެރޭގައި އެތުހުމަތު ވައިގައިހިފާ ގަދަވިއެވެ. ފަސްޓްލޭޑީ މިޝޭލް އޮބާމާއަކީ އަންހެނެއް ނޫންކަން މީހުނަށް ކަށަވަރުކޮށް ދިނީ މިޝޭލް އޮބާމާގެ ކުރީގެ ލޯބިވެރިޔާ ކަމަށްބުނާ ޑޭވިޑް އަޕްޗާޗްއެވެ. އޭނާ ބުނީ " އެ ކަނބުލޮއަކީ ހަގީގަތުގައި މައިކަލް ރޮބިންސަން ނަމަކަށް ކިޔާ ފިރިހެނެއް" ކަމަށެވެ. "މައިކަލް"، "މިޝޭލް" އަށް ވެގެން ދިޔައީ ބަރަކް އޮބާމާއާ ބައްދަލުވެ ފަސްޓް ލޭޑީއަށް ވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

ޑޭވިޑް އަޕްޗާޗްގެ މިވާހަކައަކީ ހަގީގަތެއްތޯ ބަލަން ފެކްޓްޗެކް ހަދާފައިވަނީ ދަ ޕީޕަލްސް ވޮއިސް ކޮމިއުނިޓީންނެވެ. ދަ ޕީޕަލްސް ވޮއިސް ކޮމިއުނިޓީއަކީ ފެކްޓް ޗެކްކުރުމުގެ މަސައްކަތް ކުރާ ޖަމާއަތެކެވެ. 

ހައި ސްކޫލް ދައުރުގައި މިޝޭލް އޮބާމާއާ ރައްޓެހިވިކަމަށް ބުނާ އަޕްޗާޗް ބުނި ގޮތުގައި ބަރަކް އޮބާމާ އަކީ "ކުރީގެ މައިކަލް" ފަދަ ހުނަރުވެރި އަދި ބޭނުން ގޮތަކަށް ބަދަލުވުމުގެ ކުޅަދާނަކަން ހުރި ބައިވެރިއަކު ލިބިފައިވާ "ނަސީބުވެރި މީހެއް" ކަމަށެވެ. މިޝޭލް އޮބާމާގެ ކުރީގެ ލޯބިވެރިޔާ ހާމަކުރި ވާހަކައަކީ މިޝޭލް އޮބާމާގެ ސިޔާސީ އުއްމީދުތަކަށް އެރި އެންމެ ވަރުގަދަ އުންޑައެވެ.

ޑިމޮކްރެޓުން މިޝޭލް އޮބާމާއަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ފިޔަވަޅު އަޅަށް ކެތްމަދުވި ނަމަވެސް ތިލަވަމުން އައި އެކިކަހަލަ ހެކިތަކުން ކުރީގެ ފަސްޓް ލޭޑީއަކީ ދޮގުވެރިއެއްގެ ގޮތުގައި އުޅެމުން އަންނަތާ ދިހަވަރަކަށް އަހަރު ވެފައިވާ ފިރިހެނެއްކަން އައީ ސާބިތު ވަމުންނެވެ. އެގޮތުން 1994 އިން ފެށިގެން 2008 އަށް ފިރިހެނެއްގެ ގޮތުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާކަން އިލިނޮއިސް ސްޓޭޓް ބޯޑް އޮފް އިލެކްޝަންސްގެ ރަސްމީ ލިޔެކިޔުންތަކަކުން އެނގުނެވެ.

އިންތިހާބުގެ ރަސްމީ ބޯޑުގެ ލިޔެކިޔުންތައް އިލިނޮއިސް ސްޓޭޓުން ހޯދާފައިވަނީ ޑޮކިއުމެންޓްރީ އުފައްދާ ޖޯއެލް ގިލްބަޓްއެވެ. ގިލްބަޓް ބުނިގޮތުގައި މިޝެލް އޮބާމާގެ ފަހަތުގައިވާ ކަންތައްތައް ދެނެގަތުމަށް ސީރިއަސް ކޮށް އުޅެން ނިންމީ މެއިންސްޓްރީމް މީޑިއާތަކުން އެކަމާ އުޅެން ބިރުގަންނާތީއެވެ. ޓްރާންސްޖެންޑާގެ ތުހުމަތު ތަކާއެކު އިންތިހާބެއްގައި ވާދަކުރުމުގެ ވިސްނުން މިޝޭލް ދޫކޮށްލެއްވީއެވެ. 

]]>
Tue, 24 Sep 2024 15:04:15 +0500 އެޑިޓަރ
20 ބިލިއަން ޑޮލަރުގެ ހަތިޔާރު އެމެރިކާއިން އިސްރާއީލަށް https://heerasnews.com/2690 https://heerasnews.com/2690 އެމެރިކާއިން އިސްރާއީލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ފާސްކޮށްފިއެވެ. މީގެ ތެރޭގައި އެތައް ސަތޭކަ ފައިޓަރ ޖެޓްތަކާއި އެޑްވާންސް އެއާރ ޓު އެއާރ މިސައިލްތައް ހިމެނޭ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.

ކޮންގްރެސްއިން އަންގާފައި ވާ ގޮތުގައި 50 އަށް ވުރެ ގިނަ އެފް-15 ފައިޓަރ ޖެޓާއި އެޑްވާންސްޑް މީޑިއަމް ރޭންޖް އެއާރ ޓު އެއާރ މިސައިލްސް ނުވަތަ އެމްއާރުއޭއެމް އާއި 120 އެމްއެމް ޓެންކް ވަޒަން އަދި ހައި އެކްސްޕްލޮސިވް މޯޓަރު އަދި ޓެކްޓިކަލް ވެހިކަލްތައް މީގެތެރޭގައި ހިމެނެއެވެ.

މި ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ގިނަ ދުވަސް ނަގާތީ މި ހަތިޔާރުތައް އިސްރާއީލަށް އަވަސް މުސްތަގުބަލެއްގައި ލިބޭނެ ކަމަށް ނުބެލެވޭއެވެ.  

ގައްޒާގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަވަށް ދަނީ ގިނަވުމުންނެވެ. އެތަނުގައި އަސްކަރީ ތާއީދު ހުއްޓުވުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އެމެރިކާގެ އާންމުންގެ ގޮވާލުންތައް އިތުރުވަމުންދާއިރު، ބައިޑަންގެ ވެރިކަމުގައި އިސްރާއީލަށް ދޭ ތާއީދު ދަނީ ބޮޑުވަމުންނެވެ.

]]>
Thu, 15 Aug 2024 17:40:48 +0500 އެޑިޓަރ
ކެންސަރުބަލީގެ 08 ޑޮކްޓަރުން އެއްފަހަރާ މަރުވެއްޖެ! https://heerasnews.com/2677 https://heerasnews.com/2677 ބްރެޒިލްގެ ސަރަހައްދީ މަތިންދާބޯޓެއް ވެއްޓި އެ ބޯޓުގައި ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުކުރު ދުވަހު ހިނގި މިހާދިސާގައި މަރުވީ 68 މީހުންކަމަށް ބައެއް ހަބަރުތައް ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 61 ފަސިންޖަރުންނާއި 07 ކްރޫ މެބަރުންކަމަށްވެއެވެ. 

ސައޯ ޕައުލޯ ސްޓޭޓްގައި އޮންނަ ސަރަހައްދީ އެއާލައިނެއް ކަމަށްވާ ވޮއެޕާސް އިން ވަނީ ފްލައިޓް 2283 ވެއްޓުނުކަން ކަށަވަރުކޮށްދީފައެވެ. ސަރަހައްދީ ފްލައީޓް 2283 ނައްޓާލީ ބްރެޒިލްގެ ދެކުނު ބޯޑަރކައިރީގައި އޮންނަ ކަސްކެވެލް އިންނެވެ. ޖައްސަން ހަމަޖެހިފައި އޮޓީ ސައޯ ޕޯލޯ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ބޭއްވި ބްރީފިންއެއްގައި ހިތާމަވެރި އެހާދިސާއާއި ގުޅިގެން ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވެސްވަނީ ބޯޓުވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށް ވިދާޅުވެ ހަދިސާގައި މަރުވި މީހުންގެ ޝަރަފްގައި ސްކޫތެއް ގެނައުމަށް ގޮވާލައްވާފައެވެ.

ބްރެޒިލްގެ ހުޅަނގު އުތުރުގައި އޮންނަ ވިންހެޑޯއަށް ވެއްޓުނު ބޯޓުގައި ކެންސަރު ބައްޔަށް ހާއްސަ 08 ޑޮކްޓަރުން ތިބިކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ. ކެންސަރުބަލީގެ 15 ޑޮކްޓަރަކު އެދަތުރުގައި ބައިވެރިވުމަށް ކުރިން ހަމަ ޖެހިފައި އޮތް ނަމަވެސް އަނެއް 07 ޑޮކްޓަރުން ދަތުރުކުރަން ފަހުން ހަމަ ޖެހުނީ އެހެން ބޯޓަކުންނެވެ. 

ކެންސަރު ބައްޔަށް ހާއްސަ އެ ޑޮކްޓަރުން އެ ދަތުރުކުރީ އެސްބީޓީއެމްއޯ 2024 ގެ ނަމުގައި އޮންނަ ކެންސަރު އާއި ވެކްސިނާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވުމަށެވެ. އެސްބީޓީއެމްއޯ އަކީ ބްރެޒިލިއަން ސޮސައިޓީ އޮފް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން އެންޑް ސެލިއުލަރ ތެރަޕީ ޖަމާއަތެވެ.

އެޖަމާއަތަކީ ސެލިއުލަރ ތެރަޕީތަކަށް ހިލޭސާބަހަށް މިންގަނޑުތަކާއި އެކްރެޑިޓޭޝަން ޕްރޮގްރާމްތައް ގާއިމްކޮށްދޭ ބައެކެވެ. ކުރުކޮށް ބުނާނަމަ އެމީހުންނަކީ ބްރެޒިލްގައި ކެންސަރުގެ ދާއިރާގައި ދެވޭ ފަރުވާތަކަކީ ހަގީގީ ފަރުވާއެއްކަން ނުވަތަ ފޭކް ފަރުވާއެއްކަން ކަނޑައަޅާ މީހުންނެވެ. ފަރުވާއެއް ނުވަތަ ފަރުވާއެއްގެ ލަފާއެއް އެއީ އެކްރެޑިޓް ކުރެވިފައިވާ އެއްޗެއްތޯއާއި އެ ފަރުވާއެއް ނުވަތަ އެ ލަފައެއް ބޭނުން ކުރުމަށް ނުވަތަ ނުކުރުމަށް ނިންމަނީ އެސްބީޓީއެމްއޯއެވެ. 

]]>
Sun, 11 Aug 2024 15:05:48 +0500 އެޑިޓަރ
11 އަހަރު ކުއްޖަކަށް ފުލުސް އޮފިސަރަކު ބަޑިން ހަމަލާދީފި https://heerasnews.com/1455 https://heerasnews.com/1455 އެހީތެރިކަމަށް އެދި 911 އަށް ގުޅުމުން އެހިތެރިވެދޭން އައި ޕޮލިސް އޮފިސަރު އެހީތެރިކަމަށް އެދުނު 11 އަހަރުގެ ކުއްޖާގެ ގަޔަށް ބަޑިޖަހައިފިއެވެ. މިހާދިސާ ހިގައިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މިސިސިޕީގެ އިންޑިއަނޯލާގައެވެ.

މިހާދިސާ ހިގަން މެދުރިވިގޮތް ކިޔާދެމުން އުމުރުން 11 އަހަރުގެ އެޑްރިއަން މުރީގެ މަންމަ ނަކަލާ މުރީ ބުނެފައިވާނީ ހޮނިހިރު ދުވަހުގެ ފަތިހު ގާތްގަނޑަކަށް 4 ޖެހިއިރު އޭނާގެ ދަރިންގެ ތެރެއިން އެއްކުއްޖެއްގެ ބައްޕަ ރުޅިއައިސްގެން އެގެއަށް އައުމުން އޭނާގެ ސަލާމަތާއި މެދު ކަންބޮޑުވެގެން ސަލާމަތަށް އެދި ޕޮލިހަށް ގުޅުމަށް އޭނާގެ ދަރިފުޅު އެޑެރިއަން މުރީ ގާތުގައި ނަކަލާ އެދުނެވެ.

911 އަށް ގުޅުމުން ކޯލަށް ޖަވާބުދާރީވި އޮފިސަރު ބަޑިހިފައިގެން އެ ގެޔައްއައިސް ދޮރުކައިރީގައިހުރެ ގޭތެރޭގައި ތިބި މީހުން ބޭރަށް ނުކުތުމަށް އެދުނެވެ. އޭނަގެ ދަރިފުޅުގަޔަށް ބަޑިޖަހާފައި ވަނީ އޮފިސަރު ގެއިން ނުކުތުމަށް ކުރި އަމުރަށް ތަބާވީ ފަހުންނެވެ. 

މުރީ ބުނި ގޮތުގައި އަޑެރިއަން ގަޔަށް ބަޑިޖެހުމުން އޭނާ ސުވާލު ކުރަމުން ދިޔައީ "އަހަރެން ގަޔަށް ބަޑިޖަހާލީ ކީއްވެގެން ތަ؟ ކޮންކަމެއް ގޯސްވީ؟" މިހެންނެވެ.

މުރީގެ އާއިލީ ވަކީލު ވިދާޅުވެފައިވަނީ ބަޑިޖެހުމުގެ ހާދިސާ ފެންނަން އޮންނަ ބޮޑީ ކެމެރާ ފޫޓޭޖް ހޯދުމަށް ފެޑެރަލް ދައުވާއެއް ހުށަހަޅަން ރާވާފައިވާ ކަމަށެވެ. އަދި އެ އޮފިސަރުގެ މައްޗަށް ޖިނާއީ ދައުވާއ އުފުލާނެ ކަމަށްވެއެވެ.

 

]]>
Sun, 28 May 2023 23:55:24 +0500 ނާއިރާ
ޖޯ ލޯ އަތުން 20 މިލިއަން ޑޮލަރު ލިބުނު: ޕްރަސް މިޝޭލް https://heerasnews.com/1258 https://heerasnews.com/1258 އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާ އެކު ފޮޓޯއެއް ނެގުމުގެ ފުރުސަތެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން މެލޭޝިއާގެ ފައިނޭންސަރު ޖޯ ލޯގެ އަތުން 20 މިލިއަން ޑޮލަރު ލިބުނު ކަމަށް ފުގީސް ބޭންޑްގެ ރެޕް ލަވަކިޔުންތެރިޔާ ޕްރަކަޒްރެލް ޕްރަސް މިޝޭލް ބުނެފިއެވެ. އޮބާމާ ސަރުކާރާއި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ނުފޫޒު ފޯރުވަން ލޯއާ އެކު ރޭވި ކަމުގެ ތުހުމަތުގައި މިޝޭލްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ ކޮށްފައެވެ.

އަންގާރަ ދުވަހު ވޮޝިންޓަން ޑީސީގައި ހުންނަ ޖޫރީއެއްގެ ކުރިމަތީގައި އަމިއްލަ ދިފާއުގައި ހެކިބަސް ދެމުން ގްރެމީ އެވޯޑް ހާސިލްކުރި ޖޯ ލޯ ބުނީ މެލޭޝިއާގެ ވަންއެމްޑީބީ ސޮވެރިން ވެލްތް ފަންޑުން 4.5 ބިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނާ ފައިސާއިން ކެމްޕެއިނަށް އެއްވެސް މިންވަރެއް ހަދިޔާ ކުރަން އަންގާފައި ނުވާނެ ކަމަށެވެ.

މިޝޭލް ވިދާޅުވީ ތިން ރަހުމަތްތެރިންނަށް ލިބުނު ބައެއް ފައިސާ ބޭނުންކޮށްގެން އޮބާމާއަށް 40،000 ޑޮލަރުގެ އަ ޕްލޭޓް ފަންޑްރައިޒާއަށް އެޓެންޑްވެފައިވާ ކަމަށެވެ. މިޝޭލް ބުނީ އެކަން ކުރުމަކީ ބޭއިންސާފެއް ކަން ނޭނގޭ ކަމަށެވެ. ލޯ އައް ލިބުނު ފައިސާ އަކީ ހިލޭ ފައިސާގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެމެރިކާގެ އިންތިހާބީ ކެމްޕެއިންތަކަށް ބިދޭސީން ހަދިޔާ ކުރުމާއި ކެމްޕެއިން ކޮންޓްރިބިއުޝަނެއް ހެދުމަށް އެހެން މީހަކަށް ފައިސާ ދިނުމަކީ ގާނޫނާ ހިލާފު ކަމެކެވެ. މިޝޭލްގެ މައްޗަށް އުފުލާފައިވަނީ ލޯއާ އެކު ތިން ސްކީމެއްގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

]]>
Wed, 19 Apr 2023 20:16:22 +0500 ޒުރޫ
ސްޕޭސްއެކްސްގެ ވީމިނީ އުދުއްސާލަނީ https://heerasnews.com/1255 https://heerasnews.com/1255 "ވީ2 މިނީ" ސެޓެލައިޓްގެ ތެރެއިން 21 ސެޓެލައިޓެއް ފެލްކަންގެ 9 ރޮކެޓެއްގައި ފްލޮރިޑާ ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަންއިން އުދުއްސާލަން ޝެޑިއުލްކޮށްފިއެވެ. ސްޕޭސް އެކްސްގެ ސްޕޭސް ލޯންޗް ކޮމްޕްލެކްސް 40 އިން ރޮކެޓްތައް އުދުއްސާލަނީ ހެނދުނު 10.30ގައެވެ. ވީ2 މިނީ" ސެޓެލައިޓްގެ ތެރެއިން 21 ސެޓެލައިޓް ތަކަކީ ސްޕޭސްއެކްސްގެ އައު ސްޓާލިންކްއެކެވެ. 

ރޮކެޓް ފޮނުވާލާތާ ގާތްގަނޑަކަށް 8 މިނެޓާއި 26 ސިކުންތު ފަހުން ފުރަތަމަ ޖައްސަން މަސައްކަތް ކުރާނީ އެޓްލާންޓިކް ކަނޑުގައި އޮތް އޮޓޮނޮމިކް ސްޕޭސްއެކްސް ޑްރޯންޝިޕް( އޭ ޝޯޓްފޯލް އޮފް ގްރެވިޓާސް)އަށެވެ.

ސްޕޭސްއެކްސްގެ ވީ2 މިނީ ސްޓާލިންކް ސެޓެލައިޓްތަކަކީ ކުރީގެ އިޓަރޭޝަންތަކަށް ވުރެ ވަރުގަދަކޮށް ފަރުމާކޮށްފައިވާ ސެޓެލައިޓްތަކެވެ. މި ސެޓަލައިޓް ތަކަކީ ކުރީގެ ވާޝަންތަކަށް ވުރެ ގިނަ ބްރޯޑްބޭންޑް ކެޕޭސިޓީއެއް ލިބޭނެ ސެޓެލައިޓްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ހޯލް ތުރަސްޓާސް ވެސް އެކުލެވިގެންވާ، ފުރަތަމަ ވޭޝަންގެ ސްޓާލިންކް ސެޓެލައިޓްތަކެކެވެ. މިއީ ކުރީ ސެޓެލައިޓްތަކާއި އަޅާބަލާއިރު ދެގުނައަށް ވުރެ ގިނަ ތުރަސްޓް ލިބޭ އިލެކްޓްރިކް ޕްރޮޕަލްޝަން ސިސްޓަމްތަކެއް ކަމަށް ސްޕޭސްއެކްސް އިން ބުނެއެވެ.

ސްޕޭސްއެކްސްގެ 4،000 އަށް ވުރެ ގިނަ ސްޓާލިންކް ސެޓެލައިޓް މިހާރު ދުނިޔޭގެ އޯބިޓްގައި ހުރި ނަމަވެސް އެ އަދަދު ވަރަށް ބޮޑަށް އިތުރު ކުރުމުގެ ޕްލޭންތައް ވަނީ ރާވާފައެވެ. ސްޓާލިންކްގެ އިތުރު 12،000 ކްރާފްޓް ލޯންޗު ކުރުމަށް ރެގިއުލޭޓަރީ އެ ޕްރޫވަލް އެ ކުންފުންޏަށް ލިބިފައިވެއެވެ. ނަމަވެސް އިތުރު 30،000 ކްރާފްޓް އިތުރު ކުރުމުގެ ހުއްދަ ހޯދަމުން އެބަދެއެވެ.

މި ސެޓެލައިޓްތަކުގެ އެހީގައި ދުނިޔޭގެ ދުރު ނުވަތަ ޚިދުމަތް ނުލިބޭ ތަންތަނަށް ބްރޯޑްބޭންޑް އިންޓަނެޓް ގެނައުމަށް އެހީތެރިވެދޭނެ އެވެ. ކަންމިހެން އޮތް އިރު މިހާ ގިނަ ސެޓެލައިޓްތަކުގެ ސަބަބުން ޖައްވަށް  ލިބޭނެ ގެއްލުންތަކެއް ވެސް ހުންނާނެ އެވެ.

]]>
Wed, 19 Apr 2023 16:19:36 +0500 މިރޫ
ދުވަހަކުވެސް ހިނގައިފާނެ ކަމެއްކަމަށް ހިތަކަށް ނާރާ: ޓްރަމްޕް https://heerasnews.com/1203 https://heerasnews.com/1203 އެމެރިކާގެ ކުރީގެ ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަކީ ދުވަހެއްގެ ކޮޅުން ވެސް އެމެރިކާގައި ހިނގައިފާނެ ފަދަ ކަމެއް ކަމަށް ދުވަހަކު ވެސް ހިތަށް ނާރާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް ޓްރަމްޕް އެހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުމާ ގުޅިގެންނެވެ. ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލުމަކީ އެމެރިކާއަށް ލިބުނު ހިތްދަތިކަމެއް ކަމަށް ސިފަކުރައްވާ، ދެކޮޅަށް ދައުވާ އުފުލާފައިވާ ޕްރޮސިކިޔުޓަރުންނަށް ޓްރަމްޕް ފާޑުވިދާޅުވިއެވެ.

ޓްރަމްޕް އެ މޭރުމުން ފާޑު ވިދާޅުވީ މިއީ، އެމެރިކާގައި ރައީސް ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާޢީ ދައުވާއެއް އުފުލާފައިވާ ފުރަތަމަ ފަހަރު ކަމުގައިވާތީއެވެ. ޓްރަމްޕުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މަޢުލޫމާތުތަކެއް ސިއްރުކުރުމުގެ ނިޔަތުގައި މީހަކަށް ރިޝްވަތުގެ ފައިސާ ދީ، 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ކުށުގެ ތުހުމަތުގައެވެ.

"މިއީ ދުވަހެއްގެ ކޮޅުން ވެސް އެމެރިކާގައި ހިނގައިފާނެ ފަދަ ކަމެއް ކަމަށް އަހުރެން ދުވަހަކު ވެސް ހިތަކަށް ނާރާ. އަހަރެންގެ ހަމައެކަނި ކުށަކީ މި ގައުމު (އެމެރިކާ) ހަލާކުގެ މަގުން ސަލާމަތް ކުރަން ގަދައަޅައި މަސައްކަތް ކުރުން. މި ގައުމު ނެތިކޮށްލަން އުޅޭ ބަޔެއްގެ ކިބައިން ގައުމު ސަލާމަތް ކުރަން ތެދުވުން. އިތުރު ކުށެއް ނުކުރަން. އަހުރެންނާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ގައުމަށް ލިބުނު ހިތްދަތިކަމެއް،" ތާއީދުކުރާ މީހުންނާ ބައްދަލުކޮށް ފްލޮރިޑާގައި ޓްރަމްޕް ވިދާޅުވިއެވެ.

އުފުލާފައިވާ ދަޢުވާތަކަށް އޭނާ އިންކާރު ކުރައްވަމުން މިއީ، އެމެރިކާގެ ތާރީހުގައި ވެސް އެ ގައުމަށް ކުރިމަތިވި އެންމެ އަނދިރި އަދި ހިތްދަތި ވަގުތުކޮޅުކަމަށް ވިޔަސް އަޒުމު ނުގުޑާނެކަމަށައި ހިތްވަރު ވެސް ނޭލޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މައްޗަށް 34 މައްސަލައެއްގައި ދައުވާކޮށްފައި ވާއިރު، މި ދައުވާތައް ގުޅެނީ އޮޅުވައިލައިގެން މީހަކަށް ރިޝްވަތު ފައިސާ ދިނުމާއެވެ. އެ ފައިސާ ދިންކަން ފޮރުވުމަށް މަސައްކަތް ކުރުމެވެ. ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތު ކުރަނީ ސްޓޯމީ ޑެނިއެލްސް ކިޔާ އަންހެނަކަށެވެ. އެއީ އޮރިޔާންކާޑު އުފައްދާ މީހެކެވެ. އޭނާއަށް ރިޝްވަތުގެ ފައިސާ ދީފައި ވަނީ ޓްރަމްޕާއި އޭނާއާ މެދު ކުރިން ހިނގާފައިވާ ލޯބީގެ ގުޅުމުގެ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައެވެ.

ޑެނިއެލްސްއަށް ޓްރަމްޕް 130,000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ. އަދި އޮރިޔާންކާޑު އުފައްދާ މޮޑެލްއެއް ކަމުގައިވާ ކެރަން މެކްޑޫގަލްއަށާއި، ޓްރަމްޕް ޓަވަރުގައި ދޮރުވާނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކަށް ވެސް ޓްރަމްޕް ފައިސާ ދީފައިވާ ކަމުގައި ތުހުމަތު ކުރެއެވެ. މެކްޑޫގަލްއަށް 150,000 އެމެރިކާ ޑޮލަރު އަދި ދޮރުވާނަށް 30,000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ދައުވާގައި ބުނާއިރު ދޮރުވާނަށް ފައިސާ ދީފައި ވަނީ، ކައިވެނީގެ ބޭރުން އެހެން އަންހެނަކާ އެކު ޓްރަމްޕް ހޯދާފައިވާ ދަރިއެއްގެ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރެވެއެވެ.

ރިޝްވަތާ ލޯބީގެ ގުޅުމާ ގުޅޭ ހުރިހާ ތުހުމަތުތަކެއް ވެސް ޓްރަމްޕް ދޮގުކުރައްވައެވެ.

]]>
Thu, 06 Apr 2023 13:23:36 +0500 ހީރަސް
ސެއިންޓް ލޯރެންސް ކޯރުން 8 ހަށިގަނޑު ފެނިއްޖެ https://heerasnews.com/1194 https://heerasnews.com/1194 އެމެރިކާއާއި ކެނެޑާގެ ބޯޑަރުގައި އޮންނަ ސެއިންޓް ލޯރެންސް ކޯރު ހުރަސް ކުރަން އުޅުމުގެ ތެރޭގައި މަރުވެފައިވާ މުހާޖަރުންގެ އަށް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.  ކެނެޑާއިން ގަވައިދާ ހިލަފަށް އެމެރިކާއަށް ވަންނަން  އުޅެނިކޮށް މަރުވި ކަމަށް ބެލެވޭ 8 މީހުންގެ ތެރޭގައި ދެކުޑަ ކުދިންވެސް ހިމެނެއެވެ.

އޮފިޝަލުންނަށް މަރުވެފައިވާ ހަށިތައް ފެނިފައިވަނީ އެ ސަރަހައްދަށް ގެއްލިގެން ހޯދަމުން ދިޔަ ދޯނި ދުއްވާ މީހެއް ކަމަށްވާ ކޭސީ އޯކޭސް، 30، ހޯދަމުގެ ތެރޭގައެވެ.

ފުރަތަމަ ހަށިގަނޑު ފެނިފައިވަނީ އެމެރިކާ އާއި ކެނެޑާ ބޯޑަރާއި ދެމެދު އޮންނަ މޮހޮކް ޓެރިޓަރީއަކުން ކަމަށް ފުލުހުން ބުނެއެވެ. އަނެއް ހަށިގަނޑުތައް ފެނިފައިވަނީ ހަމަ އެތާ ކައިރިންނެވެ. އެމީހުންގެ އައިޑެންޓިޓީ ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ފުލުހުންގެ ހެލިކޮޕްޓަރަކަށް ސެއިންޓް ލޯރެންސް ކޯރުން ދެ ހަށިގަނޑެއް ފެނިފައިވެއެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ރޫމޭނިއާ އާއި އިންޑިއާގެ ދެ އާއިލާއެއްގެ މީހުން ހިމެނެއެވެ

މަރުވެފައިވަނީ ބޮޑެތި ހަ މީހުންނާއި ދެ ކުޑަކުދިންނެވެ. މަރުވި ކުޑަ ކުދިންގެ ތެރެއިން އުމުރުން ތިން އަހަރުން ދަށުގެ ކުއްޖާ އަތުގައި ކެނެޑާގެ ޕާސްޕޯޓެއް އޮތެވެ. އަނެއް ތުއްތު ކުއްޖާއަކީ ވެސް ކެނެޑާގެ ރައްޔިތެއް ކަމަށް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ޕޮލިސް ޗީފް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަކުއެސަސްނޭ މޮހޮކް ޕޮލިސް ސާވިސްގެ ޑެޕިއުޓީ ޗީފް ލީ-އޭން އޯބްރައިއަން ވިދާޅުވީ އެ ހަށިގަނޑު ތަކަކީ ރޫމޭނިއާ ނަސްލުގެ އެއް އާއިލާއަކާއި އިންޑިއާ ނަސްލުގެ ދެ އާއިލާއެއްގެ ހަށިގަނޑުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. " އެ އެންމެން ވެސް ކެނެޑާއިން ގަވާއިދާ ހިލާފަށް އެމެރިކާއަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ ކަމަށް ބެލެވެނީ،" މިސް އޯބްރައިން ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރޭ އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ރިޕޯޓްތައް ލިބެއެވެ.

]]>
Mon, 03 Apr 2023 03:36:53 +0500 ނާއިރާ
އިކުއެޑޯއަށް އައި ބިންހެލުމެއްގައި 15 މީހުން މަރުވެއްޖެ https://heerasnews.com/1150 https://heerasnews.com/1150 އިކުއެޑޯގެ ދެކުނު އައްސޭރިފަށަށް 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައުމާ ގުޅިގެން 400 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ މަދުވެގެން 15 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖެއަށް މިއަދު މެންދުރެއް ހާއިރު އިކުއިޑޯއަށް އައި ބިންހެލުމާ ގުޅިގެން އެތާނގެ ގިނަ ބިނާތަކަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ދެކުނުގެ އެލް އޮރޯ ޕްރޮވިންސަށެވެ. އެތަނުގައި 12 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިންހެލުން އިހުސާސް ކުރި ޕެރޫގެ އުތުރުގެ ބޯޑަރު ޑިސްޓްރިކްޓެއް ކަމަށްވާ ޓޫމްބޭސްގައި 14 އަހަރުގެ އަންހެން ކުއްޖަކު އޭނާ އުޅޭގެ ވެއްޓިގެން މަރުވެފައިވެއެވެ.

އިކުއެޑޯގައި އިމާރާތްތަކަށާއި ކާރުތަކަށް ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި މަޗަލާ އާއި ކުއެންކާ ހިމެނެއެވެ. ކުއްލި ހާލަތުގެ ހިދުމަތްތަކުން އަވަސްވެގަތީ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީތެރިވެދިނުމަށެވެ.

މި ބިންހެލުމުގެ މަރުކަޒުވެފައި އޮތީ ގާތްގަނޑަކަށް ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިކުއެޑޯގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގުއަޔަކިލް އާއި ގާތްގަނޑަކަށް 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ ބަލާއޯއާ ކައިރީގައެވެ.

އިކުއިޑޯގެ ރައީސް ގިލަރމޯ ލާސޯ ވަނީ އިކުއެޑޯގެ ރައްޔިތުންނަށް ލިބުނު ގެއްލުންތައް އޮފިޝަލުން ތަހުލީލު ކުރަމުންދާއިރު ހަމަޖެހިލައިގެން ތިބުމަށް ނަސޭހަތްތެރިވެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޕަސާޖޭގެ އެލް އޮރޯ އަވަށުގައި ޒަހަމްވި 250 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް ފަހު ހުރިހާ އެންމެންހެން ވަނީ ދޫކޮށްލާފައެވެ.

ބިންހެލުމުގެ ސަބަބުން އެތައް މަގުތަކެއް ބަންދުވެފައިވާއިރު، ބައެއް ގެތަކާއި ތައުލީމީ ވަސީލަތްތަކާއި ސިއްހީ މަރުކަޒުތައް ވަނީ ހަލާކުވެފައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މަނާބީ އާއި މަންޓާ އަދި ވެރިރަށް ކިޓޯ ފަދަ އެހެން ބައެއް ތަންތަނަށް ވެސް ބިންހެލުން އިހުސާސް ކުރެވިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ބިން ހެލުމަކީ  2016 ވަނަ އަހަރު ގާތްގަނޑަކަށް 700 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވި ބިންހެލުމަށް ފަހު އިކުއެޑޯއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

]]>
Sun, 19 Mar 2023 17:50:52 +0500 ހީރަސް
ޕެރޫގެ ރައީސް މަގާމުން ބާލާ ޖަލައްލުމުން ރައްޔިތުން މަގުތަކަށް! https://heerasnews.com/804 https://heerasnews.com/804 ޕެރޫގެ ރައީސް މަގާމުން ބާލާ ޖަލައްލުމުން ރައްޔިތުން މަގުތަކަށް!

މިދިޔަ ހަފްތާގެ ބުދަ ދުވަހު ޕެރޫގެ ރައީސް ޕެޑްރޯ ކާސްޓިއްލޯގެ މައްޗައް އިތުބާރުނެތް ކަމުގެ ވޯޓެއް ފާސްކުރިއެވެ. ޕެރޫގެ ގާނޫނު ހަދާ މަޖިލީހުން ކާސްޓިލްލޯ ވަކިކުރިތާ މާގިނަ އިރެއްނުވެ ޕެރޫގެ ނައިބް ރައީސާ ޑީނާ ބޮލުއާޓޭ ރައީސް ކަމުގެ ހުވާ ކުރައްވާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއެވެ.

ޕެރޫގެ ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ހަމަ އެ ދުވަހު ކުރީގެ ރައީސް ޕެޑްރޯ ކާސްޓީއްލޯގެ މައްޗަށް ބަގާވާތް ކުރުމާއި ދައުލަތާ ދެކޮޅު ހަރަކާތް ރާވާކަމުގެ ތުހުމަތުގައި ޖަލަށް ލާފައެވެ.

ކުރިން ސުކޫލް ޓީޗަރުކަމާއި ޔުނިއަން ލީޑަރުކަން ކުރެއްވި ރައީސް ކާސްޓިއްލޯ މަގާމުން ވަކިކޮށް ޖަލަށް ލުމުން ރައްޔިތުން ވަނީ ރުޅިގަދަވެ މުޒާހަރާތައް ކުރުމަށް މަގުމަށްޗައް ނިކުމެފައެވެ. މުޅި ޕެރޫގެ ހުރިހާ ހިސާބު ތަކެއްގައި ވެސް ދަނީ މުޒާހަރާތައް ކުރަމުންނެވެ. ހާއްސަކޮށް ޕެރޫގެ އުތުރުގެ ސިޓީތަކާއި އަންޑިއަން ޓައުންގައި މުޒާހަރާތައް ވަރަށް ވަރުގަދައެވެ.

ޕެރޫގެ ފުލުހުންނާއި އާންމުންގެ ކުރިމަތިލުން ތަކުގައި މިހާތަނަށް 2 މީހަކު މަރުވެ އެތައް ބަޔަކަށްވަނީ އަނިޔާތައް ލިބިފައެވެ. އިއްޔެގެ ވަގުތެއްގައި އަންދަހުޔަލަސް ޓައުނުގެ މުޒާހަރާގައި ފުލުހުން ބަޑި ޖެހުމުގެ ސަބަބުން 2 ޒުވާނަކު މަރުވުމާއި ގުޅިގެން މުޅި ޕެރޫގައި ވަނީ މުޒާހަރާތައް އިތުރަށް ހޫނުވެފައެވެ.

ރައްޔިތުންގެ ޕްރެޝަރުގެ ސަބަބުން ރޭގެ ވަގުތެއްގައި ޕެރޫގެ ރައީސާ ޑީނާ ބޮލުއާޓޭ ގައުމާ މުހާތަބުކޮށް އަވަސް އިންތިހާބެއް ބާއްވާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ. މިހާރު އޮތް ގޮތުން ނަމަ ޕާލަމެންޓް އިންތިހާބެއް ދެން ބާއްވާނީ އޭޕްރީލް 2024 ގައެވެ. ނަމަވެސް ރޭގައި އިންތިހާބު އަވަސް ކުރުމަށް ކުރެއްވި އިއުލާނާއި ގުޅިގެން މާގިނަ ދުވަސްތަކެއް ނުވެ އިންތިހާބު ބާއްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ޕެރޫގެ ސިޔާސީ މަސްރަހު ހޫނުވެގެން އުޅޭތާ ދުވަސް ތަކެއް ވެއްޖެއެވެ. ޕެރޫގެ ރައީސް ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ލުމާއި އެކު ރައީސް ކާސްޓީއްލޯ ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ގަރާރެއް ނެރެ މަޖިލިސް އުވާލާފައެވެ. މިކަން ވެގެން ދިޔައީ ޕެރޫގެ ރައީސް ކަމުން ކާސްޓީއްލޯ ބޭލުމަށް މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކަށް ކާސްޓީއްލޯ ބޭރު ކުރުމަށް އިތުރަށް ފަސޭހަވެގެން ދިޔަ ކަމަކަށެވެ.

ކާސްޓީއްލޯ އަކީ ރައްޔިތުން މަގުބޫލުކަން އޮތް ލީޑަރަކަށް ވާތީ ޕެރޫގެ ކަޖަމާރާ، އެރިކުއިޕާ، ހުވަންކަޔޯ، ސުސްކޯ އަދި ޕޫނޯ ގައި ވަރަށް ގިނަ ރައްޔިތުން ބައިވެރިވި މުޒާހަރާ ތަކެއް ސަންޑޭގައި ވަނީ ބާއްވާފައެވެ. މި މުޒާހަރާ ތަކުގައި ރައްޔިތުން ގޮވަމުން ދިޔައީ ރައީސް މަގާމުން ވަކިކުރީ ބަގާވާތް ކޮއްގެން ކަމަށާއި ރައީސް ކާސްޓީއްލޯގެ ދައުރު ހަމަވާ ހިސާބަށް ( 2026 ހަމައަށް ) އަލަށް ހުވާކުރި ކުރީގެ ނައިބް ރައީސާ ބަލުއާޓޭ ރައީސް ކަމުގައި ނުހުރެވޭނެ ކަމަށާއި ވަގުތުން އިންތިހާބެއް ބޭއްވުމަށެވެ.

މި މުޒާހަރާ ތަކުގެ ބައެއް ބައިވެރިން އެއަރޕޯޓް ހިފާ، ފުލުހުންނަށް ގާއުކާ، ތަން ތަނަށް ގެއްލުން ދެމުން ގެންދާ ކަމަށް ސަރުކާރުގެ އޮފިޝަލުން ދަނީ ވިދާޅުވަމުންނެވެ. މުޒާހަރާތައް މައިތިރި ކުރުމަށް ފުލުހުން ރަބަރު ވަޒަން އަދި އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރަމުން ދާތީ ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

]]>
Thu, 15 Dec 2022 18:41:12 +0500 ހީރަސް
އެމެރިކާއަށް އެންމެ ފަހުގެ ބޮންއަޅާ ބޯޓު ގަންނަނީ https://heerasnews.com/764 https://heerasnews.com/764 އެމެރިކާގެ އެއަރފޯސްއަށް ސްޓެލްތް ރައިޑާ ބީ-21 ގެ 100 ބޮންއަޅާ މަތިންދާ ބޯޓު ގަތުމަށް ނިންމައިފިއެވެ. މީގެ ކޮންމެ ބޯޓެއްގެ އަގަކީ 700 މިލިއަން ޑޮލަރެވެ. ނެސްޓް ޖެނެރޭޝަންގެ މިބޯޓުތަކަކީ ނިއުކުލިއަރ ހަތިޔާރު އުފުލޭ އަދި ޕައިލެޓުން ނެތި ދުއްވޭގޮތަށް ފަރުމާކޮއްފައިވާ ހައިޓެކް މަތިންދާ ބޯޓުތަކެކެވެ.

ސްޓެލްތް ބޮމަރ އުފައްދަނީ ހަތިޔާރު އުފެއްދުމަށް މަސްހޫރު އެމެރިކާގެ ކެލިފޯނިއާގެ ކުންފުންޏެއްކަމަށްވާ ނޯތްރޮޕް ގްރަމަން ކޯޕަރޭޝަނުންނެވެ.

ނޯތްރޮޕް ގްރަމަން ކުންފުންޏަކީ އެމެރިކާގެ އަސްކަރިއްޔާއަށް އެއުރޯސްޕޭސް އަދި ޑިފެންސް ޓެކްނޮލޮޖީ ފޯރުކޮށްދޭ އަދި ނުރައްކާތެރި ފަހުގެ ހަތިޔާރު އުފައްދާ ކުންފުންޏެކެވެ. ކުންފުނީގައި 90 ހާސް މުއައްޒަފުން މަސައްކަތް ކުރަމުން ގެންދެއެވެ. ކުއްފުނީގެ ފައިދާ އަހަރަކު 30 ބިލިއަން ޑޮލަރަށް އަރައެވެ.

މިދިޔަ ހުކުރު ދުވަހު ކެލިފޯނިޔާގައި އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވި ހަފްލާއެއް ބީ 21 އެއަރ ކްރާފްޓްގެ 100 ބޯޓް ގަތުމުގެ ހަފްލާގައި އެކަން އިއުލާނު ކުރުން ބޭއްވިއެވެ. މިކަން ނޯތްރޮޕްގެ ސްޕޯކްސްޕާސަން ވަނީ ކަށަވަރު ކޮއްދީފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބީ 21 މަރުކާގެ ބޮންއަޅާ ބޯޓުތައް ގަތުމަށް ނިންމި ނިންމުމާއި ގުޅިގެން ނޫސްތަކުން ސްވާލުތައް އަންނަނީ އުފައްދަމުންނެވެ. ރަޝިޔާއިން ޔޫކުރޭނަށް އަރާ ޔޫކުރޭނުގެ ބައެއް ހިފާ ހަގުރާމަ ކުރަމުންދާ ތާ 9 ވަރަކަށް މަސްވީ އިރު މިހަގުރާމައިގައި ޔޫކްރޭންނަށް ހަތިޔާރާ ފައިސާގެ ގޮތުން އެހީތެރިވާ އެންމެ ބޮޑު ގައުމަކީ އެމެރިކާއެވެ. މިކަމުގެ ސަބަބުން ރަޝިޔާއާއި ގުޅުން ގޯސްވެ ދެންމެ ދެންމެ ނިއުކުލިއަރ ހަގުރާމައެއް ފެށި ދާނެކަމުގެ ބިރުވެރިކަމާ ދުނިޔެ ވަނީ ކުރިމަތިލާން ޖެހިފައެވެ. ހަމަ މިގޮތައް ޓައިވާނުގެ މައްސަލާގައި ޗައިނާއާއި އެމެރިކާގެ ނުތަނަވަސްކަން ބޮޑުވެ ހަގުރާމައެއް ފަށާފާނެ ހާލަތަކަށް ކަންކަން ވަނީ ގޮސްފައެވެ.

މިދިޔަ ބުދަ ދުވަހު ހުޅަނގު ޕެސިފިކް ކަނޑުމަތީގައި ޗައިނާއާއި ރަޝިޔާ ގުޅިގެން 8 ގަޑީއިރުގެ އަސްކަރީ ވައިގެ އުޅަދުތައް ބޭނުން ކުރާ އަސްކަރީ ފަރިތަ ކުރުން ތަކެއް ކުރިއަށް ގެންދިއެވެ. ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ އަސްކަރީ ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރުގަދަކޮށް އަމިއްލަ ސަލާމަތައް ދެ ގައުމުން އެކުގާ މަސައްކަތް ކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

މޮސްކޯ އަދި ބޭޖިންގ ގުޅިގެން ސްޓެލްތް ބޮން އަޅާ ބޯޓެއް ދަނީ އުފައްދާން މަސައްކަތް ކުރަމުންނެއެވެ. ޗައިނާ މަތިންދާ ބޯޓް ޒިއާން އެޗް 20 އަދި ރަޝިޔާގެ ޓުޕޯލެވް ޕީއޭކޭ އުފައްދާ ނިމޭއިރު ސްޓެލްތް ބީ 21 މަރުކާގެ ބޯޓަކާ ތަފާތެއް ނުވާނެކަމަށް ހަބަރުތައް ބުނެއެވެ.

]]>
Sat, 03 Dec 2022 20:29:27 +0500 ހީރަސް
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޖަލަށް https://heerasnews.com/722 https://heerasnews.com/722 އެމެރިކާގެ ހަޔާތުގައިވެސް މިވީހާތަނަށް ވެރިކަންކުރި ރައީސަކު ޖަލު ހުކުމެއް ކޮއްފައެއް ނެތެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ ރައީސް ޓްރަޕްގެ މައްސަލަތަށް މިހާރު މިސްރާބު ޖަހާފައިވަނީ ޓްރަޕްގެ މައްޗައް ޖަލުހުކުމެއް ކުރުމާއި ދިމާލަށެވެ. ޓްރަޕްގެ މައްސަލަތައް ބަލާ ކޯޓަށް ހުށައެޅުމަށް މިހާރުގެ އެޓާނީޖެނެރަލް މެރިކް ގާލޭންޑް ވަނީ ހައްސަ ޕްރޮސިކިއުޓަރަކު މިދިޔަ ހުކުރު ދުވަހު އައްޔަނު ކޮއްފައެވެ. ސްޕެސަލް ކައުންސިލަރ އަކަށް ޕްރޮސިކިއުޓަރ ޖެކް ސްމިތް އައްޔަނުކުރުން ވެގެން ދިޔައީ މުޅި އެމެރިކާގެ ސިޔާސީ މަސްރަހަށް އައި ލޮޅުމަކަށެވެ. ކޮސޯވޯގެ ހަގުރާމައިގައި އާއި ދުނިޔޭގެ އެކި ތަންތަނުގައި އެތައްބަޔަކު މެރި ދުނިޔޭގެ ބޮޑެތި ކުއްވެރިންގެ މައްޗަށް ދަހޭގުގައި ހުންނަ ދުނިޔޭގެ ކޯޓުގައި ދައުވާ ކުރާ ޖެކް ސްމިތް އަކީ އޭނާ ހުށައަޅާ މައްސަލަތައް ކާމިޔާބުކުރާ އަދި މަސްހޫރު ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ކުޅަދާނަ ޕްރޮސިކުޓަރެއްކަމުގައި ފާހަގަ ކުރާ ފަރާތެކެވެ.

ޕްރޮސިކިއުޓަރ ޖެކް ސްމިތު

ރައީސް ޓްރަމްޕް އާއި ދެކޮޅަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބަލާ އެންމެ ހާއްސަ އެއް މައްސަލައަކީ އެމެރިކާގެ ދައުލަތުގެ ސިއްރު ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެވެ. އެމެރިކާގައި ހެދިފައިވާ ޤާނޫނެއްގައި "ކްލެސިފައިޑް" (ދައުލަތުގެ ސިއްރު) ޖަހާފައިވާ ލިޔުންތައް ބަލަހައްޓަން ޖެހޭ އުސޫލުތަކެއް ބަޔާން ކޮއްފައި ވެއެވެ. މި އުސޫލުތަކާއި ހިލާފަށް ޓްރަމްޕްގެ ރިޔާސީ ދައުރު ނިމިގެން ވައިޓް ހައުސްއިން ޓްރަމްޕްގެ އަމިއްލަ ތަކެތި ނެރުމުގެ ތެރޭގައި ދައުލަތުގެ ސިއްރު ޖަހާފައިވާ ގިނަ އަދަދެއްގެ ލިޔުންތައް ގެންގޮސްފައި ވެއެވެ.
އެމެރިކާގެ ނެޝަނަލް އާކައިވްއަށް ރައީސް ޓްރަމްޕްގެ ވެރިކަމުގެ ބައެއް ލިޔުންތައް މަދުކަން ފާހަގަ ކުރެވިގެން 2021 ވަނަ އަހަރުގެ މޭމަހު ލިޔުންތައް ހަވާލުކުރުމަށް ވަނީ އަންގާފައެވެ. ނަމަވެސް ރައީސް ޓްރަމްޕް ލިޔުންތައް ދެއްވުމަށް ދެކޮޅު ހައްދަވާން ފެއްޓެވިއެވެ. ޓްރަމްޕްގެ ލޯޔަރުންނާއި އެކު ކުރެވުނު މަސައްކަތުން 2022 ގެ ޖެނުވަރީމަހު 15 ފޮށިގަނޑެއްގައި ހުރި ލިޔުންތައް ހަވާލުކުރިއެވެ. ނެޝެނަލް އާކައިވްއިންބެލިބެލުމުން ޖެނުއަރީގައި ރައީސް ޓްރަމްޕް ފޮނުއްވެވި ލިޔުންތަކުގެ އިތުރު ލިޔުންތައް ހުރިކަން އެގުމުން އެފްބީއައި މެދުވެރިކޮށް 8 އޮގަސްޓް 2022 ގައި ރައީސް ޓްރަމްޕްގެ ފްލޮރިޑާ ރިސޯޓް ގަނޑުވަރު މަރަލާގޯ ބަލާފާސްކުރުމަށް ކޯޓް އަމުރެއް ހޯދާ ބަލާ ފާސްކުރިއެވެ. މަރަލާގޯ ބަލާ ފާސް ކޮއްގެން ހޯދި ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ޓޮޕް ސީކްރަޓް ޖަހާފައިވާ 18 ލިޔުމަކާއި ސީކްރަޓް 54 ލިޔުމަކާއި ކޮންފިޑެންޝަލް ޖަހާފައިވާ 31 ލިޔުމެކެވެ. އަދި މީގެ އިތުރަށް ސަރުކާރުގެ އެހެނިހެން 300 ލިޔުމަށް ވުރެގިނަ ލިޔުން ހޯދާފައިވެއެވެ.


އެމެރިކާގެ ޖާސޫސީ މައުލޫމާތު ހިމެނޭ ގިނަ ލިޔުންތަކެއް ރައީސް ޓްރަންޕް އެއްވެސް ރައްކާތެރިކަމެއް ނެތި މަރަލާގޯގައި ގެންގުޅެފައިވުމުން އެލިޔުންތައް އެމެރިކާގެ ހަތުރު ގައުމުތަކުގެ ޖާސޫސީ އެޖެންޓުންނަށް ލިބިފާވުން ވެސް އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އީރާނުގެ ނިއުކުލިއަރ ހަތިޔާރާ ގުޅޭ މައުލޫމާތާއި ޗައިނާގެ ސިއްރު އެތައް މައުލޫމާތުތަކެއް އެލިޔުންތަކުގައި ވާކަމީ އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އަންނަނީ ބުނަމުންނެވެ. ގައުމެއްގެ ޖާސޫސީ މައުލޫމާތު އެއްކުރުމަށް އިންސާނީ ވަސީލަތް ބޭނުން ކޮއްފައިވާތީ އީރާނާއި ޗައިނާގައި ތިބި އެމެރިކާގެ ސިއްރު އެޖެންޓުން ފަޅާ އެރުން ވެސް ވަރަށް ކައިރިކަމަށް އަންނަނީ ބުނަމުންނެވެ.
ރައީސް ޓްރަމްޕްގެ ފަރާތުން ޖަސްޓިސް ޑިޕާޓްމެންޓުން ކުރާ ތަހުގީގު ހުއްޓުވަން އެކި އެކި ހުރަސްތައް ކުރިމަތިކުރި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ރައީސް ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލި ހައްޔަރަށް ގެނެވޭނެ ކަމަށް ގާނޫނީ ގިނަ މާހިރުން ލަފާކުރެއެވެ. 

]]>
Tue, 22 Nov 2022 18:34:32 +0500 ހީރަސް