Maldives Real Time Facts & : އުމްރާނީ https://heerasnews.com/rss/category/އުމްރާނީ Maldives Real Time Facts & : އުމްރާނީ dv ކޮޕީރައިޓް: Heerasnews llp (P013622021) ގޯތިތައް ބަދަލު ކުރެވޭ ގޮތް ހަދަނީ https://heerasnews.com/1827 https://heerasnews.com/1827 ހުޅުމާލެ ފޭސް 2 އަދި އަލަށް ހިއްކަން ތައްޔާރުވެފައިވާ ހުޅުމާލެ ފޭސް 3 އާއި ގުޅީފަޅާ ގިރާވަރުފަޅުން ގޯތި ލިބޭ މީހުންގެ ގޯތި ގޯތި ލިބުނު މީހުންނާ ސަރުކާރު ޝާމިލްވާ ތިނެސްކަން އިންތިޒާމަކުން ގޯތިބަދަލު ކުރެވޭ އިންތިޒާމެއް ތަޢާރަފް ކުރަން ސަރުކާރުން ނިންމައިފި ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. 

އިތުބާރުހުރި ސަރުކާރުގެ މަސްދަރުތަކުން އެނގުނު ގޮތުގައި މާލޭން އަލަށް ދޫކުރާ ގޯތި ބަދަލު ކުރަން އެދޭ ގިނަ ބަޔަކު ތިބުމާ އެކު ސަރުކާރުން އެކަމުގައި ރަނގަޅު އިންތިޒާމެއް ދަނީ ހަމަ ޖައްސަމުންނެވެ. އަދި އިތުރު ތަކުލީފަކާ ނުލައި އެމީހެއްގެ ޕޯޓަލް މެދުވެރިކޮށް މިކަމަށް  އެދުމުން އެކަން ޕްރޮސެސް ވަމުން ދާނެއެވެ. 

ގޯތި ލިބުނު މީހުންގެ އެއްބަޔަކު ބޭނުންވަނީ ދެފަރާތުން ބީޗްފްރޮންޓް ގިރާވަރުފަޅުން ފަތުރުވެރި މަންޒިލަކަށް މުސްތަގްބަލްގަައި ފުރްޞަތު ބޮޑުސަރަހައްދުގެ ބިމެވެ. އަނެއް ބަޔަކު ބޭނުންވަނީ ގިރާވަރުފަޅު ދޫކޮށް ހުޅުމާލެ ނުވަތަ ގުޅީފަޅެވެ. 

މިއިންތިޒާމް މިގޮތަށް ހަމަޖެހުމުން އެމީހަކު ބޭނުންވާ ތަނުން އެމީހަކަށް ބިން ލިބުމުގެ ފުރްޞަތު ފަހިވެގެން ދާނެއެވެ.

]]>
Thu, 14 Sep 2023 01:04:05 +0500 Chief Editor
އިބޫ ފުވައްމުލަކުގެ އަޑުއެއްސެވި https://heerasnews.com/1692 https://heerasnews.com/1692 2018ގެ ރިޔާސީ ކެންޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ވަޑައިގަތުމުން އެންމެ ބޮޑަށް އެސިޓީއަށް އޭރު ބޭނުންވެފައިވާ ކަންކަން އެ މަނިކުފާނުގެ ސަމާލުކަމަށް ގެންނެވިއެވެ. ފުވައްމުލަކު ރައްޔިތުންގެ އަޑު ރައީސް ސޯލިހު (އިބޫ) އެއްސެވިއެވެ. 

ފުވައްމުލަކު ރައްޔިތުން އެންމެ ފުރަތަމަ ވެސް ބޭނުންވި ކަމަކީ މަގުތައް ހެދުމެވެ.

އަޑިގުޑަން އިންތިހާއަށް ބޮޑު ހިނގާ ބިނގާވެ އުޅުޅުމަށާއި ދުއްވާ އުޅެން ދަތި އުދަގޫ މަގުތަކުގެ މައްސަލަ ހައްލު ކުރުމަކީ ފުވައްމުލަކު ރައްޔިތުން އެންމެ ބޭނުންވި ކަންތަކެވެ. ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް އެ ރައްޔިތުންގެ އެތަކުލީފަށް ދާއިމީ ހައްލެއް ހޯއްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން ރިޔާސީ ވައުދެއްގެ ގޮތުގައި ދެއްވިއެވެ. 

ރައީސް ސޯލިހު ވައުދުވެ ވަޑައިގެން ގޮތަށް ފުވައްމުލަކު ސިޓީގެ މަގުތައް އެންމެ ޒަމާނީ ފެންވަރުގައި ތަރައްގީކޮށް ފުވައްމުލަކު ރައްޔިތުންގެ ތަކުލީފުތަކަށް ރައީސް ސޯލިހު އެވަނީ ހައްލު ހޯއްދަވާ ދެއްވާފައެވެ. ފުރަތަމަ ފިޔަވަހީގައި ވަށާމަގުގައި ތާރުއަޅާ ދުވާރުހަދާ މަގުބައްތިޖަހާ ނިންމާލެއްވިއެވެ. ފެން ހިންދާ ނިޒާމާއެކުގައެވެ.

ދެވަނަ ފިޔަވަހީގައި ރަށުތެރޭގެ 34 ހަތަރު މަގުގައި ތާރުއަޅާ ދުވާރު ހަދާ މަގާގުޅިގެން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއްހެން އެވަނީ ފުރިހަމަ ކުރެވިފައެވެ. ބާކީހުރި މަގުތަކާ ގުޅުންހުރި ހުރިހާ ކަމެއް ލަފުރާ ފުރިހަމަ ކުރުމަށް 3 ވަނަ ފިޔަވައްސެއްގެ މަސައްކަތްވެސް އެވަނީ ފެށިފައެވެ.

ރައީސް ވައުދުވެ ވަޑައިގެން ގޮތަށް ފުވައްމުލަކު ސިޓީގެ މަގުތަކުގެ މައްސަލަ ހައްލުކޮށް ދެއްވާ ފުވައްމުލަކު ރައްޔިތުންނަށް އުފާވެރި އަމާން މަގުތަކެއް ހޯއްދަވާ ދެއްވައިފިއެވެ.

ފުވައްމުލަކު ރައްޔިތުން އެންމެ ބޮޑު އިސްކަމެއްދީގެން ކޮށްދެއްވުމަށް އެދުނު އަނެއްކަމަކީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމެވެ. ތިމާވެށީގެ ގޮތުން އެންމެ ނަޒުކު އެއްރަށަކީ ފުވައްމުލަކެވެ. ރަށްގިރުމުގެ މައްސަލައަކީ ހައްލެއް ނުހޯދި އޮތް ރަށުގެ ދެމިއޮތުމާ ނެތިދިޔުމާ ގުޅިފައިވާ ހައްލުކުރަން އުނދަގޫ ނުރައްކާތެރި މައްސަލައެކެވެ.

ކުރީގެ ސަރުކާރުތަކަށް އެއްވެސް ހައްލެއް ހޯދާނުދެވުނު ހައްސާސް މައްސަލައެކެވެ. އެހެން ނަމަވެސް ރައީސް ސޯލިހު އެވަނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ކާމިޔާބު މަސައްކަތް ފައްޓަވާފައެވެ. އަމަލީ މަސައްކަތް ބާރު ސްޕީޑްގައި އެދަނީ ކުރިއަށެވެ. ދާއިމީ ހައްލު ފުވައްމުލަކަށް ލިބިދެވޭ ގޮތަށެވެ. 

ފުވައް މުލަކުގައި ނަރުދަމާ އަޅާފައި އޮތަސް ބޭނުން ނުކުރެވޭ މައްސަލައަކީ ފުވައްމުލަކު ރައްޔިތުން ރައީސް ސޯލިހުގެ ސަމާލުކަމަށް ގެންނެވި އެންމެ މުހިންމު ތިންވަނަ މައްސަލައެވެ. ހަމަ އެޔާއެކު ފެނުގެ މައްސަލައެވެ. ނަރުދަމާ ނިޒާމާ ފެނުގެ މައްސަލަ ރައްޔިތުން އެދޭ ފެންވަރަށް އެވަނީ ހައްލުކޮށް ދެއްވާފައެވެ. 

ރައީސް ވިދާޅުވަނީ "19.7 މީޓަރުގެ މަގުގައި ތާރު އަޅައި ނިމިއްޖެ. މި މަސައްކަތް ނިންމާނީ ހަދަން ޖެހޭ ހުރިހާ މަގެއް ހަދައި ނިންމާފައި. ފެނުގެ ނިޒާމު ހައްލު ކުރެވިއްޖެ." ކަމަށެވެ. އެކަމަށް މުޅި ފުވައްމުލަށް ހެކިވެއެވެ. ފުވައްމުލަކަށް އެންމެ ގިނަ ކަންކަން ކޮށްދިނީ މި ސަރުކާރުން ކަމާމެދަކު އެރަށު ރައްޔިތުން ޝައްކެއް ނުކުރެއެވެ. އިތުރަށް އެކަން ކަށަވަރު ވަނީ "ދެހާސް އަށެއްގެ ފަހުން މިވީ 10 އަހަރު ކުރެވިފައި އޮތީ 27 ޕްރޮޖެކްޓް، ހަމައެކަނި މި ސަރުކާރުން މި ރަށުގައި 43 ޕްރޮޖެކްޓުގެ މަސައްކަތް ދަނީ ކުރަމުން،" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީމައެވެ.

]]>
Mon, 31 Jul 2023 13:19:55 +0500 ހީރަސްނިއުސް
ގުރައިދުއަށް ބޭނުން ގިނަކަންތައް ސަރުކާރުން ކޮށްދީފި: އިދިކޮޅު https://heerasnews.com/779 https://heerasnews.com/779

ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުހިނގާކަން ދެއްކުމަށް ޔާމީނު ހިންގާ ފިތުނައިގެ މަޝްރޫއުން ހައްތާ ލިބެނީ ކޮޅު ކެއްސެވެ. ޔާމީނު ނޫން އެހެން އެހެންގޮތެއް އޮތްކަމަށް ގަބޫލުނުކުރާ ކައުންސިލަރުން ލައްވާ ކިތަންމެ ފިތުނައެއް އުފައްދަން އުޅުނަސް ހަގީގަތް ބަދަލެއް ނުވާނެއެވެ.

ޔާމީނުގެ ފުރިހަމަ ކޮންޓްރޯލު އޮތް ކައުންސިލަރުން އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ބޭނުންވަނީ މި ސަރުކާރަށް ކަންކަން ނުކުރެވޭކަން ދެއްކުމެވެ. ސަރުކާރުން ހިންގާން ބޭނުންވާ އެއްވެސް ކަމެއް އެކި ބަހަނާ ދައްކައިގެން ހިންގިޔަ ނުދިނުމެވެ. އެއްބާރުލުން ނުދީ ދަތިކުރުމެވެ. ޔާމީނު އެމީހުން ޕްރޮގްރާމް ކޮށްފައި އޮންނަނީ އެގޮތަށެވެ. އެހެނެއްކަމަކު އަޅު ކުދިންކޮޅު ލައްވާ ޔާމީނު ހިންގާ ފިތުނައިގެ މަޝްރޫއުތަކުން ކުޑަވެސް އަސަރެއް މި ސަރުކާރަކަށް ނުކުރެއެވެ.

ޔާމީނު ވެރިކަން ނިމުނު އިރު: ގުރައިދޫ ބަނދަރު

ރައީސް ސާލިހު ސަރުކާރުން ހަދާދީފައިވާ: ގުރައިދޫ ބަނދަރު

ގައްސާނު މައުމޫނު ގޮނޑި ހޫނުކުރާ ދާއިރާގެ ތ. ގުރައިދުއަކީ ޕީޕީއެމް އަޅު ކައުންސިލެއް އޮންނަ ރަށެކެވެ. މި ސަރުކާރުން ރަށްރަށަގައި ހިންގާ ތަރައްގީގެ އެއްވެސް ކަމަކީ ހިނގާ ކަންކަން ނޫންކަން ދައްކަން ޔާމީނުގެ މައުތު ޕީސް ލައްވާ މީޑިއާގައި ވާހަކަ ފަޅަނީ އެރަށް ރަށުގެ އަޅު ކައުންސިލަރުން ލައްވައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު މި ސަރުކާރުން ގުރައިދޫގައި ވެސް އެތައް ކަމެއް ކޮށްދީފިއެވެ.  

މަގުތައް ހެދުމާއި ޓާފް ދަނޑެއް މަރާމާތުކުރުން ނޫން އެއްވެސް ކަމެއް ތ. ގުރައިދޫގައި ނުކުރެވި އޮތް ކަމަކަށް ނުވެއެވެ. ބޮޑު ވާހަކަ އަކަށް ހަދައިގެން ދައްކަން އެނގުނުހާ ވެސް ވާހަކައަކީ މި އަހަރަށް ބަޖެޓްކޮށްފައި އޮތް މަގުހެދުން ލަސްކޮށްފައިވާ ވާހަކައެވެ.

ޓާފް ދަޑެއް މަރާމާތު ކުރުމާއި މަގުތައް ހެދުން ނޫން ކަންކަން ގުރައިދޫގައި ސަރުކާރުން ނިންމާދީފައި އޮތް ކަމަށް އިދިކޮޅުން ވެސް އެބަ ހެކިވެއެވެ. ކަންކަން ކުރިޔަ ނުދޭން ގަދަފައި ވިއްދަމުން ދައްކަނީ ކަންކަން ނުކުރެވި އޮތް ވާހަކައެވެ. ކަމެއް ކޮށްފިއްޔާ ދައްކަނީ ހަރަދު ބޮޑު ވާހަކައާއި ދަރަނީގެ ވާހަކައެވެ.

ގުރައިދޫ ފަދަ ޔާމީނުގެ އަޅުކައުންސިލެއް އޮންނަ ރަށްރަށުގައި ޓާފް ދަނޑުގެ މަރާމާތާއި މަގު ހެދުން ނޫން ރައްޔިތުން ބޭނުންވާ ހުރިހާ މަސައްކަތެއް ކުރެވިފައި އޮތްކަން އިދިކޮޅުން ކަށަވަރު ކޮށްދިނުމުން ރައްޔިތުން ރައީސް ސާލިހުގެ ސަރުކާރު ބަލައިގެންފައިވާ މިންވަރު ހާމަވެގެން ދެއެވެ.

]]>
Thu, 08 Dec 2022 11:26:48 +0500 ހީރަސް
ޔާމީނުގެ އަޅު ކައުންސިލަރުންނަށް ޕްރޮޖެކްޓްތަކެއް ނުހުއްޓުވޭނެ https://heerasnews.com/775 https://heerasnews.com/775 ރައީސް ސޯލިހުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގައި އަސާސީ ހިދުމަތް ގާއިމުކޮށް ނުދެވޭ އެންމެ ރަށެއް ވެސް ނޯންނާނެ ވާހަކަ ބުނާތީ ބަޔަކަށް ހާދަ ވަރެއް އެބަވެއެވެ. އެކަމާ މޭ ބޮޑުވެ ޔާމީނުގެ އަޅު ކުދިންކޮޅު އަނެއްކާ އާ ކުޅިއެއް ފަށައިފިއެވެ. ރަށްރަށުގައި ކުރެވިފައި ހުރި ކަންކަމާ ކުރެވެމުންދާ ކަންކަން އެއީ ނުވާ ކަންކަމަށް ހަދައިގެން ފިތުނަ އުފެއްދުމުގެ ކެންޕޭން އޮތީ މެކުހަށް ޖަހާފައެވެ. އެކަމަކު ހޭވައްޓާލާފައި ރަށްރަށަށް ގުޅައިގެން އުޅެ އުޅެވެސް ފިތުނައެއް އުފައްދާލަން އުޅޭ ވަރަކަށް އެ ވެރިންނަށް ލިބެނީ ހައްތަހާ ވެސް ކެއްސެވެ.ޕީޕީއެމަށް ގޮސް ހުސްވެފައި ތިބި ކައުންސިލަރުން ލައްވާ އެއްވާނަކަށް ދޮގު ހެއްދުމުގެ ކެންޕޭން އަތަށް ގޮވުންނޫން ކަމެއް ނުވެއެވެ.

ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކަކީ  އެކި ފަރާތްތަކަށް ކޮންޓްރެކްޓަށް ދީގެން ކުރެވޭ މަސައްކަތްތަކެއް ކަން ތުއްތު ކުއްޖާއަށް ވެސް އެނގޭނެއެވެ. އެއްބަސްވުމުގައި ސޮއި ކުރާ ތާރީހުން ފެށިގެން މަސައްކަތް ނިންމުމަށް މުއްދަތެއް ދީފާ އޮންނަ ކަންވެސް އެނގޭނެއެވެ. ކޮންޓްރެކްޓް މަސައްކަތީ ޕީޕީއެމްގެ ކައުންސިލަރ ރަވައިގަތީމާ ރޭ ގޮތަށް އޮންނަ ކަމެއް ނުންތާއެވެ. 

މަސައްކަތުގެ ކޮންޓްރެކްޓް ނަގާ ފަރާތްތަކުން މުއްދަތަށް ކަންނިންމާ އެ މީހުނަށް ގެއްލުން ނުވާ ގޮތަށް މަސައްކަތްތައް އިންތިޒާމުކޮށްގެން ކުރުމަކީ ކޮންޓްރެކްޓަރގެ ކަމެކެވެ. އެ މީހުން މަސައްކަތް ކުރާނީ ޕީޕީއެމް ކައުންސިލަރ ބޭނުން ވާހާ ގޮތަކަށް ނޫނެވެ. ކޮންޓްރެކްޓަރގެ އެއްބަސްވުމާ އެއް ގޮތަށެވެ. އެވެނި ކަމެއް މިހެން ނުވެޔޭ މިވެނިކަމެއް އެހެން ނުވިޔޭ ކިޔައިގެން ފިތުނަ އުފަންދަނީ ސަރުކާރަށް ކަންކަން ނުވާކަން ދައްކަން ނޫން ހެއްޔެވެ. ތިޔައެއް މިހާރަކު ނުހިނގާނެއެވެ.

ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތައް ހިންގިޔަ ނުދޭން ޔާމީނުގެ އަޅު ކައުންސިލަރުން ލައްކަ ދުއްތުރާ ކުރެއެވެ. ފޭކް ފޮޓޯތައް ހަދައިގެން މީހުނަށް އޮޅުވާލެވޭތޯ އުޅެއެވެ. ގޮތެއް ފޮތެއްނެތް މިފާޑުގެ ކައުންސިލަރުން ކަންކަން ވިޔަ ނުދޭން ކުރެވެން އޮތްހާ ދުއްތުރާލަކާ ޖެއްސުމެއް ކުރަމުން ރަށޭ ރައްޔިތުންނޭ ކިޔައިގެން އަނގަ އެބަ ފުޅާ ކުރެއެވެ. ރަށްރަށުގެ ރައްޔިތުންގެ ލާބަޔަށް ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅާ ދަތިކުރާ ބަޔަކީ ޔާމީނުގެ އަޅު ކައުންސިލަރުންނެވެ. ޕީޕީއެމްގެ ހުރިހާ ކައުންސިލަރުން ތިބީކީ ރަށުގެ ތަރައްގީގެ ކަންކަމުގައި ޔާމީނު ބުނާހާ ގޮތެއް ހަދާ ރައްޔިތުންނަށް ދަތިކުރާ ވިސްނުމެއްގައެއް ނޫނެވެ. އެހެނެއްކަމަކު ޔަމީނުގެ އަޅު ކައުންސިލަރުންނާ ހެދި ރަށްރަށުގެ އެތައްކަމެއް ލަސްވެ ފަސްވަމުން ދާކަމީ ފެންނަން އޮތް ހަގީގަތެކެވެ.

ރައްޔިތުންގެ ލުއި ފަސޭހައަށް ކުރެވޭ ކަންކަން ކުރުމަށް އެއްބާރުލުން ނުދޭ ޔާމީނުގެ އަޅު ކައުންސިލަރުން ރައްޔިތުންނޭ ކިޔާ އަނގަހުޅުވަން ލަދެއް ހަޔާތެއް ނެތެވެ. ޔާމީނުގެ އަޅު ކައުންސިލަރުން ކިތަންމެ ގަދަފައިވިއްދާ ކަންކަން ވިޔަނުދޭން އުޅުނަސް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކެއް ނުހުއްޓުވޭނެއެވެ. ބަޔަކު ކަނުވެ ބީރުވެފާ ތިއްބަސް ތަރައްގީއާއި ރައްޔިތުންގެ ލުއި ފަސޭހައަށް ރައްރަށުގައި ސަރުކާރުން ހިންގާ ކަންކަން ރަށްރަށުގެ ރައްޔިތުން އުފަލުން ބަލައިގަނެއެވެ. ޒަމާނުއްސުރެ އިހުމާލުވެ އެކަހެރި ކޮށްލާފައި އޮތް ރަށްރަށަށް ލިބޭ ކުރިއެރުން ނުލިބޭ ކަމަކަށް ފަތުރާ ފިތުނަވެރި ވާހަކަ އަކުން ނުހެދޭނެއެވެ. ނިލަންދުއެއް އޭދަފުއްޓެއް ކުޅުދުއްފުއްޓެއް ކިޔާނެ ކަމެއް ނެތެވެ.

]]>
Tue, 06 Dec 2022 13:13:31 +0500 ހީރަސް
ސިޔާސީ ގޮތުން ތަޅާފޮޅާކަށް ނޫޅެން: ޝަރީފް https://heerasnews.com/615 https://heerasnews.com/615 ސްޓެލްކޯއިން ހިދުމަތް ދިނުމުގައި ސިޔާސީ ކުލަ ނުޖައްސާނެކަމުގެ ޔަގީންކަން މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު މިއަދު ދެއްވި ދެއްވުމުން ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާތުގެ ހަރުދަނާކަން ސާބިތުވެއެވެ. ރައީސް ސާލިހުގެ ތަފާތަކީ ތަފާތު ނުކުރެއްވުމެވެ. ސްޓެލްކޯގެ އެމްޑީ އެހުންނެވީ އެއަސާސު ދަމަހައްޓާ ދެއްވުމަށް ފިސާރި ކެރި ވަޑައިގެންނެވެ.

އަސާސީ ހިދުމަތް ދިނުމުގައި މަލޭ ސިޓީ ކައުންސިލާ ސިޔާސީ ގޮތުން ތަޅާފޮޅުއްވަން ނޫޅުއްވާކަމަށް ސްޓެެލްކޯގެ އެމްޑީ ވިދާޅުވީ ސަމާސާއަކަށް ނޫނެވެ. ސްޓެލްކޯގެ ބޭނުމަކީ މިހާރު މާލޭގައި ދިމާވެގެން އުޅޭ ފެންހޮޅި ފަޅައިގެން ދިޔުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. ބޮޑުތަކުރުފަނު މަގުގައި ވަޅުލާފައި އެތައް ޒަމާނެއް ވާންދެން އޮތް ހޮޅިއެއް ފަޅައިގެން ދިޔައީ މަގުގައި އަޅާފައިއޮތް ތާރުގަނޑުގެ މައްސަލައަކުންނެކޭ ވިދާޅުވާކަށް ޝަރީފު ބޭނުންފުޅެއް ނޫނެވެ. ޝަރީފް ބޭނުންފުޅުވީ އެ ހޮޅިފަޅައިގެން ގޮސްފައި އޮތް އޮތުން ވީހާ އަވަހަކަށް ހައްލު ކުރައްވާށެވެ. މާދަމާ ވަގުތެއްގައި އެ މައްސަލަ މުޅިން ހައްލުވެގެން ދާނެކަމުގެ ޔަގީންކަން ޝަރީފު ދެއްވީ އެކަން ބާރަށް ކުރިއަށް ދާތީއެވެ.

ފަހުމުނާމާގެ ބައިވެރިން (ފޮޓޯ:ޕީއެސްއެމް)

ކުރިއާއި ހިލާފަށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މިހާރު ޕީޕީއެމްގެ ކައުންސިލަރުންގެ މެޗުއަރިޓީ ވަރަށް ބޮޑުކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ފާހަގަކުރެއްވީ ފާހަގަ ކުރައްވަން ވެގެނެވެ. ވަކި ކުލަޔަކަށް ބެއްލެވުމެއް ނެތި ރައީސް ސާލިހުގެ ސަރުކާރުން ކުރާ ހެޔޮވެރިކަން ހެޔޮ ހިތުން ރަށް ރަށުގެ ގިނަ ކައުންސިލަރުން މިހާރު ބަލައިގެންފައި ވާތީއެވެ. ރައްޔިތުންގެ އަސާސީ ހިދުމަތްތައް ލިބިގަތުމަށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކައުންސިލަރުން މަސައްކަތް ކުރާތީއެވެ. 

(ފޮޓޯ:ޕީއެސްއެމް)

ސްޓެލްކޯއަކީ ޒިންމާދާރު ނޫންކަމެއް އެއްގޮތަކަށް ވެސް ކުރާނެ ކުންފުންޏެއް ނޫންކަމާއި ގައިރު ޒިންމާދާރު ކަމެއް ސްޓެލްކޯއިން ނުކުރާނެ ކަމުގެ ކަށަވަރުކަން ޝަރީފް ދެއްވީ އެފްއޭއެމްއިން ކަރަންޓް ބިލްތަކަށް ފައިސާ ދައްކާ ނިންމާލުމަށް ނަސޭހަތްތެރި ވަމުންނެވެ. ބަޔާން ނެރެ އިލްޒާމު އެޅުވުމަކީ ސްޓެލްކޯގެ ސިޔާސަތު ނޫންކަން އެމްޑީގެ ވާހަކަފުޅުން ސާފެވެ.

]]>
Mon, 24 Oct 2022 14:20:09 +0500 ހީރަސް