Maldives Real Time Facts & : އިސްލާމީވެށި https://heerasnews.com/rss/category/އިސްލާމީ Maldives Real Time Facts & : އިސްލާމީވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) އީދު ނަމާދު ވަގުތަށްވެސް ހެދީ ދޮގު! https://heerasnews.com/3226 https://heerasnews.com/3226 ދޮގު ހެދުން ހައްދުފަހަނަ އަޅާފައިވާ ސަރުކާރުން ޢީދު ނަމާދު ވަގުތާ މެދުވެސް ދޮގު ހަދައި އޮޅުވާލައިފިއެވެ.

މިއަދު ޢީދު ނަމާދު ކުރުން 7.00 ގައި ހަމަ ޖައްސާފައި އޮތް ނަމަވެސް މިއަދު އިސްލާމީ މަރުކަޒްގައި ޢީދު ނަމާދު ކުރަން ފަށާފައި ވަނީ 6.56 ހާއިރުއެވެ. ހަތެއް ޖެހި އިރު އިމާމާ ހުރީ ޢީދު ނަމާދުގެ 2 ވަނަ ރަކުޢަތުގެ އަލްޙަމްދަށް ފަހު ސޫރަތް ކިޔަވާށެވެ. އިސްލާމީ މަރުކަޒަށް މިއަދު ޢީދު ނަމާދަށް ދިޔަ އެންމެން މިކަމަށް ހެކިވާނެއެވެ.

ކަނޑައަޅާފައިވާ ވަގުތުގައި ނަމާދު ފަށާނެ ކަމަށް ގަބޫލު ކޮއްގެން މިސްކިތާ ދިމާލަށް ހިނގާފައި އައި އެތަށް ބަޔަކު ނަމާދު ފެށި އަޑާ އެކު ދުވަން ފެށިއެވެ. މަރުކަޒާ ދާދި ކައިރިއަށް އޭރު އާދެވިފައި ތިބި އެތަށް ބަޔަކު ދުވެފައި އައިސް ފުރަތަމަ ރަކުޢަތް ލިބިގަތެވެ.

އެހެން ނަމަވެސް އިސްލާމީ މަރުކަޒަށް ޢީދު ނަމާދަށް ދިޔަ ގިނަ ބަޔަކަށް މިއަދު ނަމާދު ނުލިބުނެވެ. ދެވަނަ ރަކުޢަތް ލިބުނު ގިނަ ބަޔަކު ޚުތުބާ ފެށިފަހުން ނަމާދު ފުރިހަމަ ކޮއްފައި ވެއެވެ.

އިސްލާމީ މަރުކަޒްގައި އިމާމުވެ ޢީދު ނަމާދު ކުރީ މެޑަމް ސާޖިދާގެ ބޮޑުބޭބޭފުޅު މިނިސްޓަރ ފެންވަރުގެ އިސް އިމާމު ޝެއިޚް ލަޠީފެވެ.

އަންޒަމާނުއްސުރެ ދިވެހިން ޢީދު ނަމާދު ކުރަމުން އައި ގަޑި 7.30 އަށް ބަދަލު ގެނައީ ސަލަފީންގެ އެދުމުގެ މަތީން މި ސަރުކާރުންނެވެ. އެ ވަގުތަށް ގިނަ ބަޔަކު ނުހޭނެނީސް އަދި ގަޑި ކަނޑައަޅާފައި ވަނިކޮށް އެންމެ ސިކުންތެއް ވިޔަސް އަވަހަށް ފެށުމަކީ ޢީދު ޖަމާޢަތަށް ދާ އެތައް ބައެއްގެ ދީނީ ޙައްގަކަށް އަރައި ގަތުން ކަމަށް މިއަދު އިސްލާމީ މަރުކަޒަށް ދިޔަ ބައެއް ފަރާތް ތަކުން ބުނެފައި ވެއެވެ.

ހުޅުމާލޭ ޢަޒީޒާ މިސްކިތަށް ނުދެވުނު ދެ އިމާމުން 5 އަހަރު ވަންދެން ސަސްޕެންޑް ކުރުމަށް ސަރުކާރުން ނިއްމީ ވަގުތަށް ނަމާދު ފެށޭ ގޮތަށް މިސްކިތަށް ގޮސްފައި ނުވާތީއެވެ. އެހެންވެ އަވަހަށް ނަމާދު ފެށި އިމާމު އާއި މެދު ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެތަށް ބަޔަކު ދަނީ ބުނަމުންނެވެ.

" އިސް އިމާމު ކަމުގައި ވިޔަސް އެބޭފުޅާއަށް މިހްރާބުގެއަށް ވަދެވޭ އިރަށް ނަމާދު ފަށާކަށް ނުޖެހޭ. އިމާމާގެ މަޞްލަޙަތަށް ވުރެ ބޮޑީ ޖަމާޢަތުގެ މަޞްލަޙަތު " ޢީދު ނަމާދު ނުލިބުނު މީހަކު އޭނާގެ ޝުޢޫރު ފާޅު ކުރިއެވެ.

ނަމަވެސް މިނިސްޓަރު ފެންވަރުގައި ޢައްޔަނު ކޮއްފައިވާ ސާޖިދާގެ ބޭބޭފުޅު އިސް އިމާމާމެދު ފިޔަވަޅެއް އެޅުމަކީ މުސްތަޙީލު ކަމެއް ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. މިއަދު ޢީދު ނަމާދު ނުލިބުނު ފަރާތްތަކަށް ހަމްދަރުދީ ވަމެވެ. 

]]>
Sun, 30 Mar 2025 15:11:57 +0500 އެޑިޓަރ
ޑރ.ޝަހީމް އުޅުއްވަނީ މާލޭ ހުކުރު މިސްކިތުގެ ތަރީހު އޮޅުވާލަން https://heerasnews.com/3205 https://heerasnews.com/3205 ޑޮކްޓަރ ޝަހީމަކީ މޮޅު މީހަކަށް ވާނީ ދީނުގެ ކަންކަމާއި ތަކެއްޗަށްވެސް އައުގޮތެއް ހައްދަވާ ލެއްވުނިއްޔާއެވެ. މާލޭ ހުކުރު މިސްކިތަށް އަސްލު އަރަބި ނަމެއް ކިޔާކަމަށް ޝަހީމް ދައުވާ އެބަކުރައްވައެވެ. މަލޭ ހުކުރު މިސްކިތަށް އަރަބި ނަމެއް ކިޔާކަން އެނގޭ އެއްވެސް ތާރީހީ ހެއްކެއް ނެތް އިރު އެކަމުގައިވެސް ޝަހީމު އުޅުއްވަނީ ހަގީގަތް އޮޅުވާ ލައްވާށެވެ. 

ތާރީހަށް ލޯބިކުރައްވާ މަޝްހޫރު މީސްމީޑިއާ ހަރަކާތްތެރިޔާ ޝަމްއޫނު ޖަލީލް (ލޫކަސް ޖަލީލު) ވިދާޅުވާހެން އާސާރީ ތަންތަނަކީ ތަރިކައަށް ވާފަދައިން އެ ތަންތަނަށް އިހުއްސުރެ ކިޔަމުން އައި ނަންނަމަކީވެސް ތަރިކައެވެ. މިސްކިތްތަކެކޭ އެއްގޮތަކަށް އެތައް އަޅުކަމަކަށާއި ދީނީ ޝިއާރުތަކަށް އިހުއްސުރެ ދިވެހި ބަހުން ނަންކިޔާ ދަނީ ބޭނުން ކުރެވެމުންނެވެ. ނަމާދާއި ރޯދައާއި ހިނެވުމާއި ކަށުނަމަދާއި ދަމުނަމާދު ފަދަ ނަންނަމަކީ މައްދިވެހި ނަންނަމެވެ. އަރަބި ނަންނަމެއް ނޫނެވެ. ރޯދަ ވީއްލުމާއި ހާރުކެއުމާއި ބަންގި ގޮވުންފަދަ ދީނީ އެތައް ކަމަކަށް ޒަމާނުއްސުރެ ދިވެހި ނަންތައް ހުރެއެވެ. އެފަދަ ހުރިހާ ނަން ނަމަކީ ވެސް މާނަވީ ތަރިކައެވެ. 

މާލޭ ހުކުރު މިސްކިތަކީ އެތާނގެ ނަމަށްވެސް 900 އަހަރުގެ ތާރީހެއް އޮތް މިސްކިތެކެވެ. ހަސަން ތާޖުއްދީން އަރަބި ބަހުން ލިޔުއްވި ދިވެހި ތާރީހުގައި ވެސް އަރަބި ބަހުން ލިޔުއްވާފައިވަނީ " ހުކުރު މިސްކިތް" ކަމުގައެވެ. ހަސަންތާޖުއްދީނު އަރަބި ބަހުން ދިވެހި ތާރީހު ލިޔުއްވީ ހުކުރު މިސްކިތް ބިނާކުރުމާ މިހާރަށްވުރެ މާކައިރި މާޒީއެއްގައެވެ. ޝަހީމު އެ ވިދާޅުވާ އަރަބި ނަން ހުކުރު މިސްކިތައް އެއްވެސް އިރަކު ކިޔެފައި އޮތްނަމަ ތާޖުއްދީނު އަރަބި ބަހުން ދިވެހި ތާރީހު ލިޔުއްވިއިރު މާލޭ ހުކުރު މިސްކިތުގެ ނަން އެންމެ ފަހަރަކު ނަމަވެސް ޝަހީމް އެވިދާޅުވާ ގޮތަށް އަރަބި ބަހުން ލިޔުއްވީހެވެ. ފަތްކޮޅުތަކުގައި ވެސް ލިޔެފައިވަނީ އެއީ "ފުރަމާލޭ ހުކުރު މިސްކިތް" ކަމަށެވެ. އެ ހަގީގަތް ޑރ. ޝަހީމަކަށް އޮޅުވައެއް ނުލެއްވޭނެއެވެ.

ވަޒީރު ޝަހީމް ވިދާޅުވާ ގޮތުގައި މާލޭ ހުކުރު މިސްކިތަކީ " މަސްޖިދުލްސުލްޠާން އަލްޣާޒީ އިބްރާހީމް އިސްކަންދަރުލް އައްވަލް"އެވެ. ޝަޙީމް އެހެން އެވިދާޅުވާ ވިދާޅުވުމަކީ ބުރަދަނެއް ހުރި ވާހަކަފުޅެއް ނޫނެވެ. އެހެނީ މާލޭ ހުކުރު މިސްކިތަކީ އިސްކަންދަރު ރަސްގެފާނަށް ވުރެ އެތައް ސަތޭކަ އަހަރު ދޮށީ މިސްކިތެކެވެ. ތާރީހުން ފެންނަން އޮތް ގޮތުން އެއީ ރާއްޖެ އިސްލާމްވުމަށް ފަހު ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި "މާލޭ ހުކުރު މިސްކިތް" ކަމާމެދަކު އެއްވެސް އޮޅުމެއް ނެތެވެ. އިސްކަންދަރު ރަސްގެފާނު ކުރެއްވެވި ކަމަކީ މިސްކިތް ބޮޑުކުރައްވައި އައުކުރެއްވުމެވެ. ފަހަރެއްގައިވެސް އިސްކަންދަރު ރަސްގެފާނުގެ ނަންފުޅުގައި އެތާންގައި އައު މިސްކިތެއް ބިނާކުރެއްވީއެއް ނޫނެވެ. 

ހުރިހާ ދީނީ އަޅު ކަމަކަށާއި އިސްލާމީ ބިނާތައް ކަމަށްވާ ހުރިހާ މިސްކިތަކަށް ރާއްޖޭގައި ޒަމާނުސުރެ ނަންކިޔާ އުޅުނީ އަރަބި ބަހަކުން ނޫނެވެ. ނަމަދާއި ރޯދައިން އެކަން ސާފުކޮށް އެނގެއެވެ. އީދު މިސްކިތާއި ކަޅުވަކަރު މިސްކިތާއި ހުކުރު މިސްކިތައް ކިޔާނަމުން އެކަން މާބޮޑަށް ސާފެވެ. ހުކުރު މިސްކިތް ފަދައިން ގަސްދޮށު މިސްކިތާއި ފައިފުހޭ މިސްކިތާއި ޓަކިބޭ މިސްކިތް ފަދަ ނަންނަމުގައި މިސްކިތެއް ނުހުރީހެވެ. އިހުއްސުރެ ނަން ދީ، ނަން ކިޔައި އުޅުނު ގޮތްތަކަކީ ދަށް ގޮތްތަކެއް ނޫނެވެ. މިސްކިތެއްގައި ކުރާ އަޅުކަން ބައްލަވާ ވޮޑިގަތުން ވަނީ މިސްކިތަށް ކިޔާ ނަމަކުން ނޫނެވެ. ޒަމާނުއްސުރެ މިސްކިތްތަކަށް ކިޔާ ނަންނަމަކީ ވެސް ސަގާފީ އަދި މާނަވީ ތަރިކައެވެ. 

]]>
Sat, 22 Mar 2025 13:06:14 +0500 އެޑިޓަރ
ضحى ނަމާދު ކުރުމަކީ އުދަނގޫ ކަމެއްނޫން! https://heerasnews.com/3174 https://heerasnews.com/3174 ضحى ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. މުހައްމަދު ނަބިއްޔާ އެނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަސްހާބުންނަށް އެނަމާދު ކުރުމަށް އިރުޝާދު ދެއްވިއެވެ. އެނަމާދުގެ މަދު މިންވަރަކީ ދެ ރަކުއަތެވެ. ضحى ވަގުތުގައި އެނަމާދު ކުރުމަށް ނިޔަތް ގަނެގެން ދެ ރަކުއަތް ނަމާދެއް ކުރުމުން އެނަމާދު އަދާކުރެވުނީއެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުއަތް ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ.

ضحى ނަމާދަށް ގިނަވެގެން ވަކި އަދަދަކަށް ރަކުއަތްކުރުމަށް ހައްދެއް ކަނޑައެޅިފައެއް ނުވެއެވެ. މަދު މިނަކީ ދެ ރަކުއަތެވެ. ضحى ނަމާދު ކުރުމުގައިވެސް ދެ ރަކުއަތަށް ވުރެއިތުރަށް ކުރާނަމަ ސުންނަތް ގޮތަކީ ކޮންމެ ދެރަކުއަތަކުން ސަލާމްދެމުން ދެ ރަކުއަތުން ދެ ރަކުއަތުން ނަމާދުކުރުމެވެ. ފަސޭހަ މިންވަރަކަށް ކުރުމުން ފުދޭނެއެވެ. 

ރަސޫލާ ހަދީސްކުރެއްވިކަމަށް ރިވާކުރެއްވިގެންވެއެވެ. " ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމާއި ضحىނަމާދުގެ ދެ ރަކުއަތް ކުރުމާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށް ތިމަންކަލޭގެފާނުގެ ހަލީލު ތިމަންކަލޭގެފާނަށް ވަސިއްޔަތް ކުރެއްވިއެވެ". ރަސޫލާ އިރުޝާދު ދެއްވާފައިވަނީ " ރެއާއި ދުވާލު ދެ ރަކުއަތުން ދެ ރަކުއަތުން ނަމާދު ކުރާށެވެ". 

ضحى ނަމާދުގެ ވަގުތަކީ އިރު އެރީއްސުރެ އިރު މެދު ޖެހުމާ ހަމައަށެވެ. އެންމެ ރަނގަޅު ގޮތަކީ އިރުގެ ހޫނު ގަދަވެގަންނަ ވަގުތު ضحى ނަމާދު ކުރުމެވެ. ކީރިތި ރަސޫލާ ضحى ނަމާދާ ބެހޭގޮތުން ހަދީސް ކުރައްވާފައިވާ ކަމަށް ރިވާވެފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ކިޔަމަންތެރިންގެ ނަމާދުވަނީ ( އެބަހީ: ضحى ނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަގުތެވެ".

ضحى ނަމާދު އެއް ދުވަހު ކޮށްފައި އަނެއް ދުވަހު ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދާއިމީ ގޮތެއްގައި އެނަމާދު ކުރުމެވެ. " ހަމަކަށަވަރުން ﷲ އެންމެ ލޯބިވެވޮޑިގެންވާ އަމަލަކީ ކިތަންމެ މަދުވިޔަސް ދާއިމީގޮތެއްގައި ކުރާ (ހެޔޮ) ކަންކަމެވެ". އެންމެ ހެޔޮވެގެން ވަނީ ދާއިމީ ގޮތެއްގައި ކުރުމެވެ. ދާއިމީގޮތެއްގައި ضحى ނަމާދު ދޫކޮށްލައިފި މީހަކު ނުވަތަ ބައެއް ދުވަސް ދުވަހު އެ ނަމާދު ދޫކޮށްލައިފި މީހެއްގެ މައްޗަށް އެއްވެސް (ކުށެއް، ފާފައެއް) ކަމެއް ނެތެވެ. އެހެނީ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. 

ضحى ނަމާދުގައި ސުންނަތްވެގެން ވަނީ ފާތިޙާ ސޫރަތާއެކު އެމީހަކަށް ފަސޭހަވެގެންވީ މިންވަރަކަށް ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔެވުމެވެ. ކިޔެވުމަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ.  ވާޖިބުވެގެންވަނީ ފާތިޙާ ސޫރަތް ކިޔެވުމެވެ. އޭގެ އިތުރަށް ކިޔަވާ ކިޔެވުމަކީ ސުންނަތެވެ. ވަކި އަދަދަކަށް އާޔަތްތަކެއް، ވަކި ސޫރަތްތަކެއް ނުވަތަ ފާތިހާ ސޫރަތަށް ފަހު އެންމެ އާޔަތެއް ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އެ ހުރިހާ ގޮތެއްވެސް ރަނގަޅެވެ.

]]>
Thu, 06 Mar 2025 18:11:16 +0500 އެޑިޓަރ
ޒަކާތުން ކޮންމެ ކޮންމެ ކަމެއް ނުކުރެވޭނެ! https://heerasnews.com/3164 https://heerasnews.com/3164 ރޯދަމަހަށް ފެށުމާއެކު ފިތުރު ޒަކާތުގެ މޫސުން އައީއެވެ. މުސްލިމުންގެ މައްޗަށް ދެބާވަތެއްގެ ޒަކާތް ވާޖިބުވެފައި ވާއިރު ނެރެވޭ ޒަކާތް ދޭންޖެހެނީ ކޮން ބަޔަކަށްކަންވެސް ކޮންމެ މުސްލިމަކަށް އެނގުން ލާޒިމެވެ. އެހެންކަމުން ޒަކާތުގެ ބެހެވެނީ ކޮންބަޔަކަށްކަން ބަލާލުމުގެ މުހިންމުކަން ބޮޑެވެ. ޒަކާތުގެ ބެހެނިވެރިން 8 ބަޔަކަށް ބެހިގެންވެއެވެ. ހުލާސާކޮށް މިފަހަރު މިބަލައިލަނީ އެ ބައިތަކުގެ މައްޗަށެވެ. 

ފަގީރުން (އަލް-ފުޤަރާ)

ފަގީރުންގެ ބައިގައި ހިމެނެނީ އަމިއްލަ ދިރިއުޅުން ބެލެހެއްޓުމަށް ބޭނުންވާ މަދު މިންވަރު ނުވަތަ އެފަދަ އެއްވެސް ވަސީލަތެއް ނެތް މީހުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ޒަކާތްދީގެން ކޮންމެ އަހަރަކު އެތައް ހާސް ފަގީރު އާއިލާތަކަށް ކާބޯތަކެއްޗާއި ގޯތިގެދޮރުގެ އެހީތެރިކަމާއި އަސާސީ ސިއްހީ ފަރުވާ ފޯރުކޮށްދެއެވެ.

މިސްކީނުން (އަލް-މަސާކީން)

މިސްކީނުންނަކީ އެމީހުންގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭ މީހުންނެވެ. މާނައަކީ ދިރިއުޅުމުގެ ޒަރޫރީ ހަރަދުތަކުގެ ބައެއް ހަމަޖެއްސުނަސް ޒަރޫރީ ހުރިހާ ހަރަދެއް ހަމަނުޖެއްސޭ މީހުންނަކީ މިސްކީނުންނެވެ. އެމީހުނަށް ޒަކާތް ހައްގެވެ. 

ޒަކާތް ބަހާދޭ ފަރާތްތައް

ޒަކާތުގެ ފައިސާ ހަރުދަނާކަމާއެކު ބެހުމަށްޓަކައި ހިނގާ އިދާރީ ހަރަދުތައް ބެލެހެއްޓުމަށް ޒަކާތުން ބައި އަޅަންޖެހެއެވެ. އެކަމުން ކަށަވަރުކުރަނީ ދޭ ޒަކާތް ހައްގުވެރިންނަށް ލިބޭކަމާއި، އެކަން ކުރެވެނީ ހާމަކަން ބޮޑު ގޮތެއްގައި އިތުބާރުހުރި ގޮތަކަށްކަމެވެ. 

އަލަށް އިސްލާމްވާ މީހުން (މުއައްލަފަތުލް ޤުލޫބު)

އައު އިސްލާމުންނަށް ޒަކާތުން ދެނީ އެމީހުންގެ އީމާންކަން ވަރުގަދަކުރުމަށާއި މުޖުތަމަޢުގެ ގުޅުންތައް ބަދަހިކުރުމަށެވެ. މާލީ އެހީތެރިކަން ބޭނުންވާ އަލަށް އިސްލާމްވާ މީހުންނަށް އެހީތެރިވުމަކީވެސް އައު އިސްލާމުންނަށް ޒަކާތް ހައްގުވާ ސަބަބެކެވެ.

އަޅުން މިނިވަންކުރުން (ރިޤާބު)

އަޅުން މިނިވަންކުރުމަށްވެސް ޒަކާތުން ބައިއެޅެއެވެ. މިޒަމާނުގައި މީގެ މާނައިގެ ތެރޭގައި ހިމެނެނީ މޮޑަން ސްލޭވަރީ އާއި ދަރަނިން މީހުން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.

ދަރަނިވެރިން (އަލް-ޣާރިމީން)

އަސާސީ ބޭނުންތައް ފުއްދުމަށް ހުރަސްއެޅޭ ވަރަށް ދަރަނިވެރިވެފައިވާ މީހުންނަށް ޒަކާތް ލިބުމުގެ ހައްގު ލިބިގެންވެއެވެ. ވިޔަފާރި ފުޅާކުރުމަށް ނުވަތަ ފުދުންތެރިކަން އިތުރު ކުރުމަށް ނުވަތަ ދަރަނި އަދާކުރުމަށައި އަގުބޮޑު ދިރިއުޅުން ހޯދަން ދަރަނިވެރިވާ ދަރަނިވެރިންނަށް ޒަކާތުގެ ދަރަނިވެރިންގެ ބައިން ހައްގެއް ނުވާނެއެވެ.

ﷲ ގެ މަގުގައި (ފީ ސަބީލިﷲ)

ފީ ސަބީލިﷲ ގެ ގޮތުގައި ޒަކާތުން ހައްގުވާނީ މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތަކަށެވެ. މިސާލަކަށް ސްކޫލްތަކާއި، މިސްކިތްތަކާއި އަދި ފެންވަޅުތައް ހެދުން ފަދަ ކަންކަމަށް މިބައިން ހޭދަކުރެވިދާނެއެވެ.

ދަތުރުވެރިން (އިބްނުއްސަބީލް)

އަނބުރާ ވަޒަނަށް ދިއުމަށް ވަސީލަތްތައް ނެތް ދަތުރުވެރިންނަށް ޒަކާތް ލިބުމުގެ ހައްގު ލިބިގެންވެއެވެ. ހަނގުރާމައިގެ ސަރަޙައްދުތަކުގައި ތިބޭ ނިކަމެތިވެފައިވާ މީހުންނާއި ރެފިއުޖީންނަށް މިޒަމާނުގައި ދަތުރުވެރިންގެ ގޮތުގައި ޒަކާތްދީ އުޅެއެވެ. އެގޮތުން އެމީހުންނަށް ހިޔާވަހިކަމާއި އަސާސީ ބޭނުންތައްވެސް ފޯރުކޮށްދެއެވެ.       

]]>
Mon, 03 Mar 2025 15:55:05 +0500 އެޑިޓަރ
ކުޑަކުޑަ ކަމަކުން އެތައްހާސް ސަވާބެއް https://heerasnews.com/3159 https://heerasnews.com/3159 ދަމުނަމާދު ކުރާނީ ދެރަކުއަތުން ދެރަކުއަތުން ނުވަތަ ހަތަރު ރަކުއަތުން ހަތަރު ރަކުއަތުން ސަލާންދެމުންނެވެ. ابْنِ عُمَرَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު رسول الله صلى الله عليه وسلم  ގެ އަރިހުގައި ރޭ އަޅުކަން ކުރާނީ ކިހިނެއްތޯ ދެންނެވުމުން ހަދީސް ކުރެއްވިއެވެ.

(( صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى)) [البخاري ومسلم] މާނައަކީ: “ ރޭއަޅުކަން ވަނީ ދެރަކުއަތުން ދެރަކުއަތުން ނެވެ. (ދެރަކުއަތް ކޮށްފައި ސަލާންދީފައި އަނެއްކާ ދެރަކުއަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުއަތް ކުރާށެވެ!“

ދަމުނަމާދުގެ އެއްމެ ގިނަ މިންވަރަކީ އަށް ރަކުއަތެވެ. ވިތުރިއާއި އެކުގައި އެގާރައެވެ. އަށް ރަކުއަތް ހަމަވުމުން ތިން ރަކުއަތުން ވިތުރި ކުރުމުން ނިމުނީއެވެ. ނުވަތަ ދިހަ ރަކުއަތްކޮށް އެއް ރަކުއަތުން ވިތުރި ކުރާނީއެވެ. މަދު މިނަކީ ދެ ރަކުއަތެވެ. ވިތުރީގެ އެއް ރަކުއަތެވެ.

البخاري އެބޭފުޅާގެصحيح  (4 / 319) ގައި ރިވާކުރެއްވިއެވެ. عائشة رضي الله عنها ވިދާޅުވިއެވެ. ((مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً)) މާނައަކީ: ”އިތުރު އެކަލޭގެފާނުން ރޯދަ މަހުގައިވެސް އަދި އެނޫން މައްސަރެއްގައިވެސް އެގާރަ ރަކުއަތަށް ވުރެ އިތުރެއް ނުކުރައްވައެވެ.“

އެގޮތުން ދަމުނަމާދުގެ ކުރާނީ ދެރަކުއަތް ނުވަތަ ހަތަރު ރަކުއަތް ނުވަތަ ހަ ރަކުއަަތް ނުވަތަ އަށް ރަކުއަތެވެ. އެމީހަކަށް ދަތިކަމަކާއި ނުލައި ދާއިމުވެ ކުރެވޭ އަދަދެއްގައި ހިފުމަކީ އެއްމެ ރަނގަޅު ގޮތެކެވެ. އަދި ބައެއް ރޭރޭ މަދުން އަނެއްބައި ރޭރޭ ގިނައިން ކުރުމަކީ މައްސަލައެއް ނޫނެވެ. އިސްވެދިޔަ ޢާއިޝަގެ ރިވާޔަތުގައި ވެއެވެ.

އިތުރު އެކަލޭގެފާނުން ހަތަރު ރަކުއަތުން، ހަތަރު ރަކުއަތުން ދެފަހަރު ސަލާން ދެއްވައި ތިން ރަކުއަތުން ވިތުރި ކުރެއްވިއެވެ. ދަމުނަމާދުގައި އެދެވިގެންވާ ގޮތަކީ ވީހައި ދިގުކޮށް ގުރްއާން ކިޔަވައި ގިޔާމާއި ރުކޫއާއި ސަޖިދަ ދިގުކުރުމެވެ. ރަކުއަތްތަކުގެ އަދަދު އިތުރު ކުރުމެއް ނޫނެވެ. ދަމުނަމާދުގައި މި ހުރިހައި ގޮތެއް ތަނަވެސް ވެގެން ވެއެވެ. ދަމު ނަމާދު ކުރުން އެއްމެ އައުލާވެގެންވާ ވަގުތަކީ މީހުން ނިދާފައި ތިބޭ ވަގުތެވެ.

އެއީ ރޭގަނޑުނގެ ތިންބައި ކޮށްފައި ތިންވަނަ ބައި ފެށިގެން ފަތިސް ވަންދެނެވެ. އެހެން އިބާރާތަކުން ނަމަ އެވަގުތަކީ ހާރު ދަމެވެ. ދަމުނަމާދު ކުރުމަށްޓަކައި ނިދުމަކީ ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް ނިދާފައި ހޭލައި ނަމާދު ކުރުމަކީ މީހާ ތާޒާވެ މުރާލި ވާނެ ކަމެކެވެ. ވީމާ އެހެން ކުރެވެން އޮތް ނަމަ އެގޮތް އައުލާކަން ބޮޑެވެ. އެކަމު ރޭގަނޑު ހޭލައި ހުންނަން ޖެހޭ މީހަކު ނުނިދައި ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ.

ދަމު ނަމާދުގައި ކިޔުމަށް ވަކި ހާއްސަ ސޫރަތެއް ސުންނަތުން ވާރިދުވެފައި ނެތެވެ. އެމީހަކަށް ފަސޭހަ ތަނެއް ކިޔެވީމާ ރަގަޅުވާނެއެވެ.

މައުލޫމާތުގެ ހަވަލާ: ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް

]]>
Sun, 02 Mar 2025 14:59:15 +0500 އެޑިޓަރ
އިއުތިކާފަށް އިންނުމަށް އޮޅުމެއް އޮތްނަމަ މިއޮތީ ގޮތް https://heerasnews.com/3154 https://heerasnews.com/3154
  • މިލިޔުމަކީ 13 މާރޗް 2024 ގައި މިނޫހުގައި "އިއުތިކާފަށް އިންނާނެގޮތް މިއޮތީ" މިސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގެ ނަކަލެކެވެ. ރޯދަ މަހު އިއުތިކާފަށް އިނުމުގެ ހާއްސަ ކަމަށްޓަކައި އެ ލިޔުން ތަކުރާރު ކޮށްލަމެވެ. 
  • އިއުތިކާފުގެ މާނައަކީ ވަކި ކަމަކަށް ހުސްވެގަތުމެވެ. ނުވަތަ ވަކި ކަމަކަށް ތިމާ ބަންދުވުމެވެ. އިސްލާމީ އަޅުކަމެއްގެ ގޮތުގައި އިއުތިކާފުގެ ފިގުހީ މާނައަކީ ހާއްސަ ނިޔަތަކާއެކު މިސްކިތުގައި ހާއްސަ ކަންތައްތަކެއް ކުރުމަށް އިނުމެވެ.

    އިއުތިކާފު ކުރުމުގެ ބޭނުމަކީ ދުނިޔަވީ ކަންކަމުން މީހާ ހުސްވެ ނަމާދުކުރުމާއި ޒިކުރުކުރުމާއި ގުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމެވެ. އިއުތިކާފަށް ނިޔަތް ގަތުމަށްފަހު ފާހާނާކުރުމާއި ކެއިންބުއިން ފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. 

    އިއުތިކާފު ކުރެވޭނީ ހަމަ އެކަނި މިސްކިތުގައި ކަމަށް އިލްމުވެރިން އިއްތިފާގުވެއެވެ. ކޮންމެ މިސްކިތެއްގައި ވެސް އިއުތިކާފަށް އިނދެވިދާނެ ކަމަށް ގިނަ އިލްމުވެރިން އެއް ބަސްވެއެވެ. އިއުތިކާފަށް އިނދެވޭނީ ހުކުރު ނަމާދުގެ ޖަމާއަތް ގާއިމު ކުރެވޭ މިސްކިތްތަކުގައި އެކަނިކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ. މަސްޖިދުލްއަގްސާއާއި މަސްޖުދުއްނަބަވީއާއި މަސްޖިދުލްހަރާމްގައި ނޫނީ އިއުތިކާފު ހުއްދަވެގެން ނުވާކަމަށް ދެކޭ އިލްމުވެރިންވެސް އުޅެއެވެ.

    ތަވާފުކުރުމަކީ މަސްޖިދުލްހަރާމްއަށް ހާއްސަ އަޅުކަމެކެވެ. އެއާއި ހިލާފަށް އިއުތިކާފަކީ ވަކި މިސްކިތަކަށް ނުވަތަ ވަކިތާކަށް ހާއްސަ އަޅުކަމެއް ނޫނެވެ. އެހެންކަމުން އިއުތިކާފަށް އިނުމަކަށް ވަކި މިސްކިތެއް ހާއްސަވެގެން ނުވެއެވެ. ހުކުރު ނަމާދުގެ ޖަމާއަތް ގާއިމުކުރެވޭ މިސްކިތްތަކުގައި އިއުތިކާފަށް އިނުމަށް ބާރު އެޅެނީ އިއުތިކާފަކީ ރޯދަ މަހުގެ މުޅި ފަހު ދިހައިގައި ކުރުން މުސްތަހައްބު އަޅުކަމެއް ކަމުން ފަހުދިހާގައި އިއުތިކާފަށް އިންނަމީހާ މުޅި ފަހުދިހަ ހޭދަކުރާނީ އިއުތިކާފުގައި މިސްކިތުގައެވެ. ހުކުރު ނުކުރާ މިސްކިތެއްގައި އިއުތިކާފަށް އިނދެއްޖެނަމަ އިއުތިކާފަށް އިންނަ މިސްކިތް ދޫކޮށް ހުކުރު ކުރެވޭ މިސްކިތަކަށް ދިޔުމަށްޓަކާ އޭނާގެ އިއުތިކާފް މެދު ކަނޑާލަން ޖެހޭނެއެވެ. އެހާލަތު ކުރިމަތި ވިޔަ ނުދިނުމުގެ ގޮތުން ހުކުރު ނަމާދުގެ ޖަމާއަތް ހެދޭ މިސްކިތެއްގައި އިއުތިކާފަށް އިނުން މުހިންމެވެ.

    އެހެންކަމުން އިއުތިކާފަށް އިންނަ މިސްކިތާ މެދު އާއްމު ވިސްނުމަކީ އަދި ގިނަ އިލްމުވެރިންގެ ރައުޔަކީ، އިއުތިކާފު ކުރުމުގެ ހުކުމަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގައި ދިރިއުޅެމުންދާ މުޅި އިސްލާމީ އުންމަތަށް އާންމުކޮށް އައިސްފައިވާ ހުކުމެއް ކަމަށް ވީހިނދު ތަވާފުކުރުން މަސްޖިދުލްހަރާމްގައި ނޫނީ ހުއްދަނުވާ ފަދައިން އިއުތިކާފު ވަކި ހާއްސަ ތިން މިސްކިތެއްގައި ނޫނީ ކުރުން ހުއްދަ ނުވާންވީ ސަބަބެއް ނެތް ކަމަށެވެ. 

    ރޯދަމަހުގެ ފަހުދިހައިގައި މިސްކިތުގައި އިއުތިކާފު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ރޯދަމަހުގެ ފަހުދިހައިގައި އިއުތިކާފު ކުރާނެ ގޮތަކީ މަހުގެ 20 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން މިސްކިތަށް ވަދެ އިއުތިކާފުގެ ނިޔަތުގައި ޝައްވާލުމަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މިސްކިތުގައި މަޑުކުރުމެވެ. ރޯދަމަހުގެ ފަހުދިހައިގައި އިޢްތިކާފު ކުރުމަށް ނިޔަތްގަތް މީހާ ޝައްވާލުމަހުގެ ހަންދު ފެނުމުގެ ކުރިން ފާހާނާ ކުރުމާއި ކެއިން މުއިންފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. މިނޫން ހާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިއުތިކާފު ބާތިލުވާނެއެވެ. ކީރިތި ރަސޫލާއާއި އެ ކަލޭގެފާނުންގެ އަސްހާބުން  ރޯދަމަހުގެ ފަހުދިހައިގައި އިއުތިކާފުކުރެއްވިއެވެ.

    ]]>
    Sat, 01 Mar 2025 15:04:30 +0500 އެޑިޓަރ
    ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެގޮތް މިއޮތީ! https://heerasnews.com/2554 https://heerasnews.com/2554 ނަމާދު ގަސްރުކުރުމާއި ޖަމްއުކުރުމަކީ އިސްލާމްދީނުގައި މުސްލިމުންނަށް ދެއްވާފައިވާ ލުޔެކެވެ. ކޮންމެ މުސްލިމަކަށްވެސް ނަމާދު ޖަމްއުކުރާށައި ގަސްރުކުރަން އެނގުމަކީ މުހިންމު ކަމެކެވެ. ރަނގަޅަށް މިކަން ފަހުމުވުމަށްޓަކައި ޖަމްއުކުރުމާއި ގަސްރުކުރުމުގެ ތިންގޮތެއް ބަޔާންކޮށްލަމެވެ.  

    1- ހަމައެކަނި ޖަމްއުކުރުން

    2- ހަމައެކަނި ގަސްރުކުރުން

    3- ގަސްރު ޖަމްއުކުރުން

    • ހަމައެކަނި ޖަމްއުކުރުން

    ޖަމްއުކުރުމަކީ ދެ ނަމާދެއް އެއްވަގުތެއްގައި ކުރުމެވެ. ޖަމްއު ދެގޮތަކަށް ކުރެވެއެވެ.

    ހ- އިސްކޮށް ޖަމްއުކުރުން

    ށ- ފަސްކޮށް ޖަމްއުކުރުން

    ނަމާދު ޖަމްއުކުރުން، ޢުޒުރުވެރިންނަށް ހުއްދަވެގެންވެއެވެ. މުހިއްމު ޑިއުޓީތައް އަދާކުރާ ފަރާތްތައް ކަމުގައިވާ ޑޮކްޓަރުންނާއި ނަރުހުންނާއި، ސިފައިންނާއި ފުލުހުންނާއި އެއަރޕޯރޓްގައި ހިދުމަތްދޭ ބައެއް މުވައްޒަފުންނާއި، ދަތުރު ފަތުރު ކުރަންޖެހޭ މީހުންނާއި، ތަހާރަތުގައި ތަކްލީފު އުފުލަންޖެހޭ ބަލިމީހުންނަށްވެސް އަދި ދިމާވާ ބައެއް ހާލަތްތަކުގައި މީހުންނާއި އެނޫންވެސް މީހުނަށް ނަމާދު އޭގެ ވަގުތުގައި ކުރުމަށް ޢުޒުރުވެރިވާ ހާލަތުގައި ޖަމްއުކުރުން ހުއްދަވެގެން ވެއެވެ.

    މިސާލެއް:

    އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޑިއުޓީ ފެށެނީ 1 ޖަހާއިރުއެވެ. ޑިއުޓީ ނިމެނީ 9 ޖަހާއިރުއެވެ. ނަމާދު ކުރާނެ ބްރޭކް ނުލިބި މަސައްކަތްކުރަން ޖެހޭނަމަ މި ޑޮކްޓަރު ކަންތައް ކުރާނީ އަންނަނިވި ގޮތަށެވެ.

    • މެންދުރު ނަމާދު ކުރާ ވަގުތު މެންދުރު ނަމާދާއެކު އަސްރު ނަމާދު ޖަމްއުކޮށްލުން.

    ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ ހަތަރު ރަކްއަތެވެ. ދެން ގަމަތްދޭނީއެވެ. ގަމަތް ދީފައި ކުރާނީ އަސްރު ނަމާދުގެ ހަތަރު ރަކްއަތެވެ.

    މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު އިސްކޮށް ޖަމްއުކުރުމެވެ. މި ހާލަތުގައި ޑޮކްޓަރު އެ ކުރީ މެންދުރު ނަމާދާއި އަސްރު ނަމާދު އިސްކޮށް ޖަމްއުކޮށެވެ.

    • މަގުރިބް ނަމާދާއި އިޝާ ނަމާދު ޖަމްއުކޮށްލުން. 

    އިޝާ ނަމާދުގެ ވަގުތުވުމުން ( މި ހާލަތުގައި 9 ޖެހުމުން، ޑިއުޓީ ނިމުމުން) ބަންގި ދީފައި ފުރަތަމަ ކުރާނީ މަގުރިބް ނަމާދުގެ ތިން ރަކްއަތެވެ. ދެން ސަލާމް ދީފައި ގަމަތްދޭނީއެވެ. ގަމަތް ދީފައި ކުރާނީ އިޝާ ނަމާދުގެ ހަތަރު ރަކްއަތެވެ. މިގޮތަށް ޖަމްއުކޮށް ކުރުމަށް ކިޔަނީ ނަމާދު ފަސްކޮށް ޖަމްއުކުރުމެވެ. މި ހާލަތުގައި ޑޮކްޓަރު އެ ކުރީ މަގްރިބް ނަމާދާއި އިޝާ ނަމާދު ފަސްކޮށް ޖަމްއުކޮށެވެ.

    • ޖަމްޢުކުރެވޭ ނަމާދު ތައް:
    1. މެންދުރު ނަމާދާއި އަސްރު ނަމާދު (4+4)
    2. މަގުރިބް ނަމާދާއި އިޝާ ނަމާދު (3+4)

    ނަމާދު ޖަމްއުކުރާ އިރު އިސްކޮށް ކުރި ނަމަވެސް ފަސްކޮށް ކުރި ނަމަވެސް އަބަދުވެސް ނަމާދު ކުރާނީ ތަރުތީބުންނެވެ. އެގޮތުން މެންދުރު ނަމާދުގެ ވަގުތުގައި ޢަސްރު ނަމާދު އިސްކޮށް ޖަމްއު ކުރާނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. އޭގެ ފަހުގައި ޢަސްރު ނަމާދެވެ. އަދި ހަމަ އެހެންމެ، ޢަސްރު ނަމާދުގެ ވަގުތުގައި މެންދުރު ނަމާދު ފަސްކޮށް ޖަމްއުކުރާ ނަމަ ފުރަތަމަ ކުރާނީ މެންދުރު ނަމާދެވެ. ދެން އަސްރު ނަމާދެވެ. މަގްރިބް ނަމާދުގެ ވަގުތުގައި އިޝާ ނަމާދު އިސްކޮށް ޖަމްއުކުރާނަމަ ފުރަތަމަ ކުރާނީ މަގުރިބް ނަމާދެވެ. އިޝާ ނަމާދު ކުރާނީ އޭގެ ފަހުގައެވެ. އަދި އިޝާ ނަމާދުގެ ވަގުތުގައި މަގުރިބް ނަމާދު ކުރާނަމަ އެންމެ ފުރަތަމަ ކުރާނީ މަގުރިބް ނަމާދެވެ. އިޝާ ނަމާދު ކުރާނީ އޭގެ ފަހުންނެވެ.

    ދަތުރުވެރިޔަކަށް ނުވާހިނދު، ކުރިން ބަޔާންވެދިޔަ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހަމައެކަނި ޖަމްއުކުރާނީއެވެ. ޖަމްއާއެކު ގަސްރުކުރާނީ ދަތުރުވެރިޔަކަށް ވުމުންނެވެ.

    • ހަމައެކަނި ގަސްރުކުރުން

    މިއީ ކޮންމެ ނަމާދެއް އެ ނަމާދެއްގެ ވަގުތުގައި އެހެން ނަމަވެސް ކުރު ކުރެވޭ ނަމާދުތައް ކުރުކޮށްގެން ކުރުމެވެ.

    • މެންދުރުނަމާދު އެ ނަމާދުގެ ވަގުތުގައި 2 ރަކްއަތްކުރުން
    • އަސްރުނަމާދު އެ ނަމާދުގެ ވަގުތުގައި 2 ރަކްއަތް ކުރުން
    • އިޝާނަމާދު އެ ނަމާދުގެ ވަގުތުގައި 2 ރަކްއަތް ކުރުން

    މެންދުރު ނަމާދާއި އަސްރުނަމާދު އަދި އިޝާނަމާދު ފިޔަވައި އެހެން ނަމާދެއް ގަސްރެއް ނުކުރެވޭނެއެވެ. ގަސްރު ކުރެވޭނީ ހަމައެކަނި ދަތުރުވެރީންނަށެވެ.

    • ގަސްރު ޖަމްއުކުރުން

    ގަސްރު ޖަމްއުކުރުމަކީ ނަމާދު ގަސްރު ކުރުމާއެކު ޖަމްއުވެސް ކުރުމެވެ.

    • އިސްކޮށް ގަސްރު ޖަމްއުކުރުން 

    އިސްކޮށް ގަސްރު ޖަމްއުކުރާ ގޮތް:-

    1. މެންދުރު ނަމާދުގެ ވަގުތުގައި، މެންދުރު ނަމާދުގެ ދެ ރަކްއަތްކޮށް ސަލާމްދީ ގަމަތް ދިނުމަށްފަހު އަސްރު ނަމާދުގެ ދެރަކްއަތް ކުރުން.
    2. މަގުރިބް ނަމާދުގެ ވަގުތުގައި، މަގުރިބް ނަމާދުގެ ތިން ރަކްއަތްކޮށް ސަލާމްދީ، ގަމަތް ދިނުމަށްފަހު އިޝާ ނަމާދުގެ ދެ ރަކްއަތް ކުރުން
    • ފަސްކޮށް ގަސްރު ޖަމްއުކުރުން

    ފަސްކޮށް ގަސްރު ޖަމްއުކުރާ ގޮތް:-

    1. އަސްރު ނަމާދުގެ ވަގުތުގައި، މެންދުރު ނަމާދުގެ ދެ ރަކްއަތްކޮށް ސަލާމްދީ ގަމަތް ދިނުމަށްފަހު އަސްރު ނަމާދުގެ ދެރަކްއަތް ކުރުން
    2. އިޝާ ނަމާދުގެ ވަވަތުގައި، މަގްރިބް ނަމާދުގެ ތިން ރަކްއަތްކޮށް ސަލާމްދީ، ގަމަތް ދިނުމަށްފަހު އިޝާ ނަމާދުގެ ދެ ރަކްޢަތް ކުރުން

    މުހިއްމު ބައެއް ނުކުތާ:

    ހ- ނަމާދު ހަމައެކަނި ޖަމްއުކުރުމަކީ ބޮޑު ހާޖަތެއް މެދުވެރިވެގެން ނަމާދު އޭގެ ވަގުތުން ފާއިތުވެދާނެނަމަ، ދަތުރުވެރީން ނޫން މީހުންނަށްވެސް ލިބިގެންވާ ލުއިފަސޭހަކަމެކެވެ.

    ށ- ނަމާދު ގަސްރު ކުރުމަކީ ހަމައެކަނި ދަތުރުވެރިންނަށް ލިބިގެންވާ ލުއިފަސޭހަކަމެކެވެ.

    ނ- ދަތުރުވެރީންނަށް އެންމެ ރަނގަޅު ގޮތަކީ ނަމާދުތައް ގަސްރުކޮށް ކުރުމެވެ. އަދި ހާޖަތެއް މެދުވެރިވެއްޖެނަމަ ގަސްރު ޖަމްއުކޮށް ކުރުމެވެ. އެއީ އިސްކޮށް ނުވަތަ ފަސްކޮށެވެ. އަދި ރަށުގައި ގާއިމުވެހުރި އިމާމެއްގެ ފަހަތުގައި ނަމާދު ކުރާނަމަ، ނަމާދުތައް ފުރިހަމަ ކުރާނީއެވެ. މިސާލަކަށް އެފަދަ އިމާމެއްގެ ފަހަތުގައި އިޝާ ނަމާދު ކުރާނަމަ ކުރާނީ 4 ރަކުއަތެވެ. އަދި ސުންނަތް ގޮތަކީ ދަތުރުވެރިއެއް ނަމަ ރަވާތިބު ސުންނަތްތައް ދޫކޮށްލުމެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކްއަތް ފިޔަވައެވެ. ރަސޫލާ ދަތުރުވެރިއެއްކަމުގައި ވެވަޑައިގެންނެވި އިރުވެސް ފަތިސްނަމާދުގެ އިހު ސުންނަތް ދުލެއް ނުކުރައްވައެވެ.

    ރ- ދަތުރުވެރިޔާއަށް އެންމެ މޮޅުއިތުރު ގޮތަކީ ދަތުރުމަތީގައި ނަމާދު ގަސްރު ކުރުމެވެ. އަދި ބައެއް ޢިލްމުވެރިން (އިމާމު އަބޫ ހަނީފާ އަދި އިބްނު ހަޒްމު) ވިދާޅުވާގޮތުގައި ދަތުރުމަތީގައި ނަމާދު ގަސްރުކުރުމަކީ ވާޖިބެކެވެ. އަނެއްބައި އިލްމުވެރިން (އިމާމު އަހުމަދު އަދި އިބްނު ތައިމިއްޔާ) ވިދާޅުވާގޮތުގައި ދަތުރު މަތީގައި ނަމާދު ގަސްރު ނުކޮށް ކުރުމަކީ މަކްރޫހަކަމެކެވެ.

    • ދަތުރުވެރިޔަކު ނަމާދު ގަސްރުކުރާއިރު ސީދާ ގަސްރުކުރުމަށް ނިޔަތް ނުގަތަސް ރަނގަޅުވާނެއެވެ. އެހެނީ ދަތުރުވެރިޔާގެ އަސްލަކީ ގަސްރު ކުރުމެވެ. މާނައަކީ ދަތުރުވެރިޔަކު މެންދުރު ނަމާދު ކުރުމަށް ނިޔަތް ގަތުމުން އެ ނިޔަތްގަނެވުނީ މެންދުރު ނަމާދު ގަސްރު ކުރުމަށެވެ. ގަސްރުކުރެވޭ އެހެން ނަމާދު ތަކުގައިވެސް އޮންނާނީ ހަމަ މި އުސޫލެވެ. ސީދާ ނަމާދަށް ނިޔަތް ގަތުމުން ފުދޭނެއެވެ. 
    ]]>
    Fri, 21 Jun 2024 13:29:45 +0500 ހީރަސްނިއުސް
    ސަލަފުގެ ޅިޔަންސަރުކާރު އޮތީމާ ކުލަޖެހުން ހިންދޫން އަޅުކަމަކަށްނުވި https://heerasnews.com/2541 https://heerasnews.com/2541 ޒަމާނުއްސުރެ ދިވެހިންގެ އީދު ފާހަގަކުރުމުގައި ފެން ޖެހުމަކީ އޮންނަކަމެކެވެ. ފެންކުޅީގެތެރެއިން ކުލަޖެހުމުގެ މަޖާގަމޑެއް މީގެ ދެތިން އަހަރު ކުރިން އައި ބޮޑު އީދެއްގައި ކުދިބޮޑު އެންމެން ނުކުމެފެށިއެވެ. އީދު ކުޅިވަރެއްގެ ގޮތުގައި ކުލަ ޖަހަން ފެށިއެވެ. ޒަމާނުއްސުރެ ދިވެހިންގެ އީދުގައި އޮންނަ "ފެން ޖެހުން" ކުލަކޮށްލިއެވެ.

    ފެން ބަޑި އާއި އެނޫންވެސް އެއްޗެހިގައި ކުލަ އަޅައިގެން ފެން ޖެހުން ވެގެން ދިޔައީ ނިކަން ފޯރިގަދަ ކަމަކަށެވެ. ފެން ކުލައިގެ ފޮޓޯ ތަކުން ސޯޝަލް މީޑިއާ ފުރާލިއެވެ. އީދުފޯރި ކުލަމަޖާވެގެން ދިޔުމާއެކު ކުލަ ޖެހުމަކީ އިސްލާމީ އީދު ތަކުގައި އޮންނަ ކަމެއް ނޫން ކަމަށް ޝޭހުން ފަތުވާ ނެރެންފެށިއެވެ. ކުލަޖެހުމަކީ ހިންދޫންގެ އަޅުކަމެއް ކަމަށް ބައެއް ދަންނަ ބޭކަލުން ބުނަންފެށިއެވެ. ހިންދޫންގެ އަޅުކަމެއްގައި އޮންނަ ބައެއް އިސްލާމީ އީދުގައި ގެނައުމަކީ ހަރާމް ކަމެއް ކަމަށް ސިފަކޮށް އަޑުއުފުލިއެވެ.

    އީދުގައި ކުލަޖެހުމަކީ ވެސް އެމްޑީޕީގެ ލާދީނީ ކަމުން ތައާރަފް ކުރިކަމަށް ބުނެ ހަގީގަތެއްނެތް ތުހުމަތު އެމްޑީޕީ ސަރުކާރުގައި ބައެއް މީހުން އެޅުވިއެވެ. އެގޮތަށް އަޑުފެތުރުމުގައި އިސްކޮށް އުޅުނީ އިސްލާމް ދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރަކާތްތެރިވާ ސަލަފް ޖަމްއިއްޔާ ފަދަ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ. 

    ދަންނަ ބޭކަލުންގެ ކަންބޮޑުވުމަށް އިހުތިރާމްކޮށް އީދު ފާހަގަކުރަން ކުލަޖެހުމާ ގިނަ ބަޔަކު ދުރަށް ދިޔައެވެ. އީދު ފާހަގަ ކުރުމުގައި ކުލަޖެހުން ބައެއް ރަށްރަށުގެ ކައުންސިލުން މުޅިން މަނާ ވެސް ކުރިއެވެ. އެހެންކަމުން އީދު ތަކުގައި ކުލަ ޖެހުން މުޅިން ކަހަލަ ގޮތަކަށް ރާއްޖޭގައި ހުއްޓުމަކަށް އައެވެ. 

    އެހެން ނަމަވެސް ކަމަކު ދާކަށްނެތެވެ. ސަލަފުގެ މަސްލަހަތު އޮތް ދީނީ ސަރުކާރުގެ ވެރިކަމުގައި މި ހިނގާ ބޮޑު އީދުގައި ވަރަށް ގިނަ ރަށްރަށުގައި ކުލަ ޖެހުން އެބަ ކުރިއަށްދެއެވެ. ފެން ކުލައިގެ އީދަކަށް މިފަހަރު އީދު ބަދަލު ވެއްޖެއެވެ. އީދު ކުލަ ކޮށްލައިފިއެވެ.

    ކުލަޔާއެއްގޮތަށް އީދު ހުޅަކީވެސް އެންމެ ބޮޑު އެއް ސަގާފަތަށް ހަދައިފިއެވެ. މިފަހަރު އީދު ހުޅުނުޖަހާ ރަށެއް ނެތިއްޖެއެވެ. ހުޅުޖަހައިގެން އެ އަލިފާންގަނޑު ވަށައިގެން އެއްވެ ތިބެ ލަވަކިޔާ ބެރުޖަހާ ނަށީ މަދު ރަށެއްގައެއް ނޫނެވެ. އަލިފާންގަނޑާއެކު ސެލްފީ ނެގުމަކީ މޮޅުކަމަކަށް ހެދިއެވެ. މިއިން އެއްވެސްކަމަކީ ލާދީނީ ކަމަކަށް ނުވެއެވެ.

    އީދު ހުޅުޖެހުމަކީ ވެސް ސަގާފީ ކަމެއްނޫނެވެ. ރާއްޖޭގައި ޖަހާއުޅުނީ ރޯދަހުޅާ އީދުހުޅެވެ. ދިވެހިން ކުރީ ޒަމާނުގައި ޖަހާއުޅުނު ހުޅަކީ މުއާސަލާތުގެ ދަތިކަން އޮތް ޒަމާނުގައި ރޯދަމަހަށާއި އީދަށް ހަނދުފެނިއްޖެކަން ކައިރީގާ އޮތް ރަށަށް އެންގުމަށް ޖަހާއުޅުނު އެއްޗެކެވެ. އެއްވެސް އިރަކު ބޮޑު އީދަކަށް ހުޅެއްނުޖަހައެވެ. ހުޅުޖެހުމަކީ ކުޅިވަރެއް ނޫނެވެ. މުނާސަބާތެއް ފާހަގަކުރަން ކޮށްއުޅުނު ކަމެއްވެސް ނޫނެވެ. 

    ސަލަފުގެ ޅިޔަން ސަރުކާރެއް ވީމާ ކުލަޖެހުމަކީ މިފަހަރު ހިންދޫންގެ އަޅުކަމެއް ކަމަކަށް ނުވެއެވެ. ހޯހޯއޭ ތިޔަކަން ނުކުރާށޭ ބުނާނެ ދަންނަ ބޭކަލަކު ނެތެވެ. ކުލަޖަހަމުން އަލިފާން ކުޅިކުޅެމުން އީދު މަޖާ ނެގުމަކީ ހުއްދަ ހަލާލު ލާދީނިއްޔަތުގެ ކަންފުޅެއްވެސް ނެތްކަމަކަށް ވެއްޖެއެވެ. 

    ]]>
    Mon, 17 Jun 2024 14:38:57 +0500 ހީރަސްނިއުސް
    އަދާލަތުން އުފަންކުޅަ ސަލަފީ ވެރިކަމުގައި ބަޅުވެސް ހުއްދަވީ!؟ https://heerasnews.com/2491 https://heerasnews.com/2491 ބަޅަކީ ބޮޑުވެގެންވާ ނަޖިހެކެވެ. މުސްލިމަކު ބަޅަކު ގެންގުޅުން އިސްލާމް ދީނުގައި ހުއްދަ ނޫންކަމަށް އިލްމުވެރިން އިއްތިފާގުވެއެވެ. ސަލާމަތީ ބޭނުމަށްޓަކައި ވަކި ހާލަތްތަކެއްގައި މުސްލިމް ދައުލަތްތަކުގައި ތަމްރީނު ކުރެވިފައިވާ ބަޅުން ގެންގުޅެއެވެ. އެހާލަތުގައިވެސް ބަޅުންގެ ހިދުމަތުގައި މުސްލިމުން އުޅުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް ގިނަ އިލްމުވެރިން އިއްތިފާގުވެއެވެ. ބަޅުންނަށް ހިދުމަތްކުރަން ގެންގުޅުން އެންމެ އައުލާކަން ބޮޑީ ގައިރު މުސްލިމުންނެވެ. 

    ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. ރާއްޖޭގެ ރަށްރަށުގެ ތޮބީއަތުގައި ބަޅުއޫރަކީ އުޅޭ އެއްޗެއް ނޫނެވެ. ސިންގާއާއި ހަރުފަ ފަދަ ނުރައްކާތެރި ޖަނަވާރު ފަދައިން ބަޅުއޫރަކީ ދިވެހި ވެށީގައި ގުދުރަތީ ގޮތުން ލައްވަވާފައިވާ އެއްޗެއްވެސް ނޫނެވެ. 

    ހާއްސަ ހުއްދައެއް ލިބިގެން ނޫން ގޮތަކަށް ރާއްޖެއަށް އެތެރެ ކޮށް ގެންގުޅުން މަނާ ތަކެތީގެ ތެރޭގައި ބަޅު ހިމެނެއެވެ. މަސްތުވާތަކެތި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ބޭނުމަށްޓަކައި ހާއްސަ ތަމްރީނު ތަކެއް ހަދާފައިވާ ކުއްތާ ވަކި އަދަދަކަށް ރާއްޖެއަށް އެތެރެކޮށް ގެންގުޅެން ސިފައިންގެ ހިދުމަތަށާއި ފުލުހުންގެ ހިދުމަތަށް ހާއްސަ ހުއްދައެއް ދީފައި އޮވެއެވެ. 

    ޕެޓްގެ ގޮތުގައިވެސް އެނޫން ގޮތެއްގައިވެސް ކުއްތާ (ބަޅު) ރާއްޖެ އެތެރެކޮށް ގެންގުޅުމަކަށް ހުއްދައެއް ނޫނެވެ. އެހެން ނަމަވެސް މިހާރު ފެންނަ މަންޒަރު ވަރަށް ތަފާތެވެ. 

    ރާއްޖޭގެ މީހުން އުޅޭ ރަށެއްގެ ފަޅަށް ވަނތް ސަތަރި ދޯންނަކުން އެރަށަށް ފޭބި މީހަކު އުރާލައިގެން ހުރީ ހެޔޮވަރުގެ ބޮޑު ބަޅެކެވެ. ކުއްތާއެކެވެ. އެމީހާ އެރަށަށް ފޭބުމާއެކު ވާޓަރާ އިންވެގެން އޮތް ތާރުމަގަށް އެ ބަޅު ދޫކޮށްލިއެވެ. ހަމަ ދޫކޮށްލުމާއެކު ހެޔޮވަރު ދުވެއްޔެއްގައި ދުވެލާފާ އެ ދިޔައީ ރަށު ތެރެއާއި ދިމާލަށެވެ. ކުޅިބަލަން ދިވެހިންގެ ބަޔަކު ތިއްބެވެ. އާސޯހުވެފައެވެ. ބަޅުފުޅައިން ދިވެހި އިސްލާމީ ފަސްގަޑެއް ނަޖިސްވަނީ ކަމެއް އެ މީހުންނަކަށް އިހުސާސެއް ނުވެއެވެ. 

    ހައިރާން ކުރުވަނި ކަމަކީ އެ މީހަކު އެ ބަޅަކު ގޮވައިގެން އެ ރަށަކާ ހަމައަށް އައީ ކިހިނެއް ހެއްޔެވެ. ސިފައިންނާ ފުލުހުން ކޮބައި ހެއްޔެވެ. ކަމަކީ އެއްވެސް ކަމަކަށް ނުވާ އާދައިގެ ކަމަކީ ހެއްޔެވެ. އަދާލަތުން އުފަންކުޅަ ސަލަފީ ވެރިކަމެއްގައި ބަޅުވެސް ހުއްދަވީ ހެއްޔެވެ.

    ދީނައިގެން ދެފައިކައިރި ނުވެގެންއުޅޭ ސަލަފީ ޝޭހުންތަކާއި ސޫފީންތައް ކޮބައިހެއްޔެވެ. ހިޖުރައިގެ ރޭ ރަސޫލާގެ ގަނޑުވަރު ވަށަލާފައި ތިބި މުޝްރިކުން ނިދާ ހަރުދަނޑިވީ ގޮތަށް މުއިއްޒުގެ ވެރިކަމާއެކު ޝޭހުންގަޑު ނިދާ ހަރުދަނޑިވީ ހެއްޔެވެ. އެމްޑީޕީ ވެރިކަމެއް ނަމަ ޝޭހުންގަޑު ނިކުމެ ނޮޅާ ކޭހެވެ. ދިވެހީންގެރާއްޖޭއަކީ ބަޅުންނަށް ވެސް މިނިވަންކާމާއެކު އުޅޭނެ ގޮތަކަށް އުޅެން އޮތް ރާއްޖެއަކީތާއެވެ.  

    ]]>
    Sun, 26 May 2024 19:50:51 +0500 ހީރަސްނިއުސް
    އާދުބާގާ މީހުންނާއި ހޫދު އަލައިހިއްސަލާމް https://heerasnews.com/2340 https://heerasnews.com/2340 ނޫޙުގެފާނަށް ފަހު

    ނޫހުގެފާނުގެ ދަރިފަސްކޮޅުގައި މާތް ރަސްކަލާނގެ ބަރަކާތް ލެއްވިއެވެ. ނޫހުގެ ދަރިފަސްކޮޅު މުޅި ބިންމަތީ ފެތުރިގެން ދިޔައެވެ. ނޫހުގެ ދަރިފަސްކޮޅުގެ ތެރޭގައި އާދު ކިޔާ އުއްމަތެއްގެ ބަޔަކުވިއެވެ. އެބައިމީހުންނަކީ ވަރަށް ވަރުގަދަ ބައެކެވެ. އެބައިމީހުންގެ ހަށިގަނޑުތައް ދަގަނޑުންވާ ފަދައެވެ. އެބައިމީހުންނާ ހަނގުރާމަކުރާ ކޮންމެ ބައެއް ބަލިކޮށް އެބައެއްގެ މައްޗަށް ކާމިޔާބު ހޯދައެވެ. އެހެންކަމުން އެބައިމީހުން ބިރުގަންނަ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެހެން މީސްތަކުން އެބައިމީހުން ދެކެ ބިރުގަނެއެވެ.

    އާދު ބާގައިމީހުންގެ އެންމެހާ އެއްޗެއްގައި ބަރަކާތް ލެއްވިއެވެ. އެބައިމީހުންގެ ގެރިބަކަރިތަކުންވަނީ މުޅި ވާދީތައް ފުރާލެވިފައެވެ. އެންމެހާ އަސްތަކުން ވަނީ މައިދާންތައް ފުރާލެވިފައެވެ. އަދި އެބައިމީހުންގެ ދަރިންތައް ގިނަވުމުގެ ސަބަބުން ގެތައްވަނީ ފުރިފައެވެ. އާދުބާގައިގެ މީހުންގެ ގެރިބަކަރިތައް ހުއިހައްޕަން ބޭރަށް ނެރޭ ވަގުތަކީ ވަރަށް ރީތި މަންޒަރުތަކެއް ސިފަކުރެވޭ ވަގުތެކެވެ. އަދި އެބައިމީހުންގެ ދަރިންތައް ކުޅެން ނުކުމެ އުޅޭ ވަގުތަކީވެސް އެހާމެ ހިއްގައިމު ވަގުތެކެވެ. ހަމައެހެންމެ އެބައިމީހުން ދިރިއުޅެމުންދާ ބިމަކީ ފެހިކަންގަދަ ބިމެކެވެ. ބަގީޗާތަކާއި ކޯރުތައް އެބިމުގައި ވަރަށްވެސް ގިނައެވެ.

    އާދުބާގައިމީހުން ކުފުރުވުން

    ނަމަވެސް އެއެންމެހާ ނިޢުމަތްތައް ދެއްވިކަމަށްޓަކައި، އެނިޢުމަތްތަކަށް އެބައިމީހުން ޝުކުރުވެރިއެއް ނުވެއެވެ. އަދި އެބައިމީހުންގެ ކާބަފައިންގެ ކިބައިން އަޑުއިވެމުން އައި، ނޫހުގެފާނުގެ ގައުމުގެ މީހުނަށް އައި ވަރުގަދަ ތޫފާނުގެ ވާހަކަ މަތިން އެބައިމީހުން ހަނދާން ނައްތާލިއެވެ. އަދި ބިމުގައިވާ އެތޫފާނުގެ އަސަރުތަކުގެ މަތިންވެސް ހަނދާން ނައްތާލިއެވެ.

    ނޫހުގެފާނުގެ ގައުމުގެ މީހުންނަށް ތޫފާން ފޮނުވުނީ ކޮން ސަބަބަކާ ހުރެކަންވެސް ހަނދާން ނައްތާލިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އެބައިމީހުންވެސް ނޫހުގެފާނުގެ ގައުމުގެ މީހުން އަޅުކަންކުރަމުންއައި ބުދުތަކަށް އަޅުކަން ކުރަން ފެށިއެވެ. އެބައިމީހުންގެ އަތްތަކުން ހިލައިން ބުދުތައް ހަދައިގެން އެތަކެއްޗަށް ސަޖިދަޖަހައި އަޅުކަންކޮށް އުޅެތެވެ. އަދި އެބައިމީހުން ބޭނުންވާ ކަންކަމުގައި އެބުދުތަކަށް ދުއާކޮށް، އެބުދުތަކަށް ޖަނަވާރުތައް ކަތިލައި އުޅެތެވެ. އެބައިމީހުން ކަންތައްކުރަމުން ގެންދިޔައީ ނޫހުގެފާނުގެ ޤައުމުގެ މީހުން ކަންތައް ކުރަމުން ގެންދިޔަ ފަދައިންނެވެ.

    އެބައިމީހުންގެ ވިސްނުންތަކުން، ފުރާނައެއްނެތް އެއްވެސްކަމެއް ކޮށްނުދެވޭ ބުދުތަކަށް އަޅުކަންކުރުމަކީ ފައިދާއެއްނެތްކަމެއް ކަމަށް ގަބޫލެއް ނުކުރެއެވެ. އެބައިމީހުންގެ ވިސްނުންތަކުން އެބައިމީހުންނަކަށް ހިދާޔަތެއް ދައްކައެއްނުދިނެވެ. އެބައިމީހުންނަކީ ދުނިޔެވީ ކަންތައްތަކުގައި ވިސްނުންތެރި އަދި ދީނުގެ ކަންތައްތަކުގައި ބުއްދި ހަމަނުޖެހޭ ބައެއްކަމުގައިވިއެވެ.

    އާދުބާގައިމީހުންގެ ޢަދާވާތްތެރިކަން

    އާދުބާގައިމީހުންގެ ވަރުގަދަކަން އެބައިމީހުންނަށާއި، އެންމެހާ މީސްތަކުންނަށް ބޮޑު ވަބާއަކަށް ވެގެންދިޔައެވެ. އެކަމުގެ ސަބަބަކީ ޢާލަމްތަކުގެ ވެރި ރައްބަށާއި ގިޔާމަތްދުވަހަށް އެބައިމީހުން އީމާންނުވުމެވެ.

    އަނިޔާވެރިވުމުން އެބައިމީހުން މަނާވާނީ ކިހިނެއްތޯއެވެ؟ އަދި ޢަދާވާތްތެރިވުމުން އެބައިމީހުން މަނާވާނީ ކިހިނެއްތޯއެވެ؟ އަދި އެހެން މީސްތަކުންނަށް އެބައިމީހުން އަނިޔާވެރިނުވާންވީ ކީއްވެތޯއެވެ؟ އެބައިމީހުން ދެކޭގޮތުގައި އެބައިމީހުންނަށްވުރެ ބާރުވެރި އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެބައިމީހުން ބިރުގަނެ ޖެހިލުންވާ އެއްވެސް މީހެއް ނުވެއެވެ. އެބައިމީހުން ބުނާކަމުގައިވިއެވެ. "ބާރުގެގޮތުން ތިމަންނަމެންނަށްވުރެ ވަރުގަދައީ ކާކު ހެއްޔެވެ؟" އެބައިމީހުން ހައްދަވައި، އެބައިމީހުންނަށް އެބާރު ދެއްވި އިލާހު އެބައިމީހުންނަށްވުރެ ބާރުގަދަކަން އެބައިމީހުންކަށް ނުވިސްނުނެވެ.

    އެބައިމީހުންގެ މިސާލަކީ މިނިކާ ޖަނަވާރުތަކެއްގެ މިސާލެވެ. އެބައިމީހުންގެ ތެރެއިންވާ ބޮޑެތިމީހުން ކުޑަކުދިންނަށް އަނިޔާވެރިވެއެވެ. އަދި އެމީހުންގެ ތެރެއިންވާ ބާރުގަދަ މީހުން ދެރަނިކަމެތިންނަށް ގޯނާކޮށް އަދަބު ދެއެވެ. އަދި އެބައިމީހުން ރުޅި އަތުވެއްޖަނަމަ މިސާލަކީ ރުޅިއައިސްފައިވާ އެތްތަކެއްގެ މިސާލެވެ. އެއްވެސް އެއްޗެއް މަރާނުލައި ދޫކޮށްނުލައެވެ.

    އެބައިމީހުން ހަނގުރާމައެއްކޮށްފިނަމަ އެބައެއްގެ ދަރިފަސްކޮޅާއި ދަނޑުބިންތައް ސުންނާފަތިކޮށްލައެވެ. އަދި އެބައިމީހުން ރަށަކަށް ވަދެއްޖެނަމަ އެރަށެއްގެ މީހުންގެ ތެރެއިންވާ ޢިއްޒަތްތެރިން ނިކަމެތިކޮށްލައެވެ. އެންމެހާ ދެރަނިކަމެތިމީހުން ޢާދުބާގައިގެ މީހުންގެ ނުބައިކަމާމެދު ބިރުގަނެއެވެ. އަދި އެބައިމީހުންގެ އަނިޔާވެރިކަމުން ސަލާމަތްވާންވެގެން ފިލާ އުޅެއެވެ.

    މިފަދަ ސަބަބުތަކާހުރެ އާދުބާގައިމީހުންގެ ވަރުގަދަކަން އެބައިމީހުންނަށާއި، އެންމެހާ މީސްތަކުންނަށް ބޮޑު ވަބާއަކަށް ވެގެންދިޔައެވެ. ހައްދަވާ ގެންގުޅުއްވާ އިލާހަށް ބިރުވެތިނުވެ، އަދި ގިޔާމަތް ދުވަހަށް އީމާންނުވެ އުޅޭ ކޮންމެ މީހެއްގެވެސް އުޅުން ހުންނަގޮތެވެ.

    ޢާދުބާގައިމީހުންގެ ބިނާތައް

    އާދުބާގައިމީހުން، ކެއުމާއިބުއިމާއި، ކުޅިވަރުކުޅުމުގައި ވަނީ ހައްދުފަހަނަ އަޅާގޮސްފައެވެ. އެކަންތައްތައް ފިޔަވައި އިތުރުކަމެއް އެބައިމީހުންނަށް ކުރަންނުޖެހޭ ފަދައެވެ. އެއިގެ ތެރެއިން އެއްބައިމީހުންގެ އުސްބިނާތަކާއި ތަނަވަސް ގެތަކާހުރެ އަނެއްބަޔެއްގެ މައްޗަށް ފަހުރުވެރިވެ ބޮޑާވެގަނެއެވެ. އެބައިމީހުން ބިނާތައް ހެދުމަށްޓަކައި، އެބައިމީހުންގެ އެންމެހާ ފައިސާތަކެއް ފެނާއި، ވެއްޔާއި، ގާ ހޯދުމަށް ހަރަދުކުރެއެވެ. އެބައިމީހުންގެ އަމާޒަކީ އުސްތަނެއްހުރިކަމުގައި ވަނީނަމަ އެތަނެއްގައި ވަރުގަދަ ބިނާއެއް ހެދުމެވެ.

    އެބައިމީހުން މިފަދަ ބިނާތައް ހަދަމުން ގެންދިޔައީ، އެބައިމީހުންނަކީ ދާއިމަށް މަރުވުމެއްނެތި އެބިނާތަކުގައި ދިރިއުޅޭނެ ބައެއްކަމަށް ހީކޮށެވެ. އަދި އެބައިމީހުން މިފަދަ ބިނާތައް ހަދަމުން ގެންދިޔައީ ބޭނުމެއްނެތި އެކަކު އަނެކަކާ ވާދަކުރުމުގެ ގޮތުންނެވެ. އެބައިމީހުންގެ ތެރޭގައިވާ ފަގީރުންނަށް އެއްވެސް އަޅާލުމެއް ނެތިއެވެ. އެބައިމީހުންގެ ތެރޭގައިވާ ފަގީރުންވީ ވަންނާނެ ގެއެއްނެތް ބައެއްގެ ގޮތުގައެވެ. އަދި މުއްސަނދިންގެ ގެތަކަށް އެފަގީރުންތައް ނުވައްދައެވެ.

    މިބައިމީހުންގެ ބޮޑެތި ބިނާތައް ފެނިއްޖެ މީހަކަށް އެނގޭނީ މިބައިމީހުންނަކީ ގިޔާމަތް ދުވަހަށް އީމާންނުވާ ބައެއްކަމެވެ.

    ރަސޫލާ ހޫދު އަލައިހިއްސަލާމް

    އާދުބާގައި މީހުންގެ ގާތަށް ރަސޫލަކު ފޮނުއްވެވުމަށް އިރާދަކުރެއްވިއެވެ. އެއީ އެއްވެސް ހާލެއްގައި މީސްތަކުން، އާލަމުތަކުގެވެރި ރައްބު ފިޔަވާ އެހެން ފަރާތަކަށް އަޅުކަންކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވެއެވެ. އަދި ބިންމަތި ފަސާދަވުމަކަށްވެސް އެއިލާހު ރުހިވޮޑިނުގަންނަވައެވެ.

    އާދުބާގައި މީހުން، އެބައިމީހުންގެ ބުއްދި ބޭނުންކޮށް އުޅެނީ ކެއިންބުއިމާއި، ކުޅިވަރުކުޅުމުގަޔާއި، ގެތައް ބިނާކުރުން ފަދަ ކަންތައްތަކުގައި އެކަންޏެވެ. އެބައިމީހުންގެ ބުއްދިތައް އެބައިމީހުން ހެއްދެވި އިލާހުގެ ދީނާމެދު ނުވިސްނުމުގެ ސަބަބުން އެބައިމީހުންގެ ވިސްނުންތައް ވަނީ ފަސާދަވެފައެވެ. އެބައިމީހުންގެ ތެރޭގައި ދުނިޔެވީ ކަންތައްތަކުގައި ވަރަށްވެސް ވިސްނުންތެރިން އުޅުނެވެ. ނަމަވެސް އެބައިމީހުން އަޅުކަން ކުރަމުން ދަނީ އެބައިމީހުންގެ އަތުން ހަދާފައިވާ ބުދުތަކަށެވެ. އެބައިމީހުންނަށް އަޅުކަން މިކުރެވެނީ އެއްވެސް ފައިދާއެއް އަދި ގެއްލުމެއް ނުދެވޭ ހިލަގަނޑަކަށް ކަމެއް އެބައިމީހުންނަކަށް ނުވިސްނެއެވެ.

    މިފަދަ ދަށު ދަރަޖައެއްގައި މިބައިމީހުންގެ ކަންތައްތައް ވަނިކޮށް، އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ރަސޫލަކު ފޮނުއްވެވުމަށް އިރާދަކުރެއްވީއެވެ. އަލަމްތަކުގެވެރި ރައްބު އެދިވޮޑިގެންވަނީ އެބައިމީހުންގެ ތެރެއިން، އެބައިމީހުން ވާހަކަ ދައްކާ އުޅޭ ބަސް ދެނެވަޑައިގަންނަވާ ބޭކަލަކު ފޮނުއްވެވުމަށެވެ.

    އެރަސޫލުބޭކަލަކީ ހޫދު އަލައިހިއްސަލާމެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ އާދުބާގައިގެ މީހުންގެ ތެރެއިންވާ ޝަރަފުވެރި އާއިލާއަކަށެވެ. އެކަލޭގެފާނު އުޅުއްވަމުން ގެންދެވީ ވިސްނުންތެރިކަމާއެކު ސޯލިޙު ދިރިއުޅުއްވުމެކެވެ.

    ހޫދުގެފާނުގެ ދަޢުވަތު

    އާދުބާގައި މީހުންނަށް ހިދާޔަތުގެ ތެދުމަގަށް ގޮވާލެއްވުމަށް ހޫދުގެފާނަށް އެންގެވިހިނދު، އެކަލޭގެފާނު، ގައުމުގެ މީހުންނަށް ހައްގުތެދު ދީނަށް ގޮވާލެއްވިއެވެ. އާލަމްތަކުގެ ވެރި ރައްބު ފިޔަވާ އެބައިމީހުން އަޅުކަންކުރަމުން ގެންދާ ބުދުތަކަށް އަޅުކަން ނުކުރުމަށް ނަސޭތްތެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އޭ ތިމަންގެ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން އާލަމުތަކުގެވެރި އިލާހަށް އަޅުކަންކުރާށެވެ. އެއިލާހު ފިޔަވާ އެހެން އިލާހެއް ތިޔަބައިމީހުނަކަށް ނުވެއެވެ."

    އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. " ތިޔަބައިމީހުން ތަގުވާވެރި ނުވަނީހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ތަގުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟ އަދި ތިޔަބައިމީހުން އެތަންތާނގައި މަރުނުވެ އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު އެއްވެސް ރަޙްމެއްނެތި ޖައްބާރުންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ. ފަހެ، ތިޔަބައިމީހުން ތަގުވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ދަންނަ ނިއުމަތްތަކުން ތިޔަބައިމީހުންނަށް މަދަދުދެއްވި އިލާހަށް ތަގުވެރިވާށެވެ! ނައަމްސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިއުމަތްދެއްވިއެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ އަޒާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ."

    އެވާހަކަ ގުރުއާނުގައި އަންނަނިވި ގޮތަށްވެސް ބަޔާން ކުރައްވާފައިވެއެވެ. "ތިޔަބައިމީހުންނަށް އިންޒާރު ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިއިލާހުގެ ހަޒުރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން ހައިރާންވީހެއްޔެވެ؟ އަދި ނޫހުގެފާނުގެ ގައުމަށްފަހުގައި، ހަލީފާއިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ ނިއުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."

    އަދިވެސް ވިދާޅުވިއެވެ. "އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތައުބާވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން ވާރޭ ވެއްސަވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!"

    ހޫދުގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް ދެންނެވި ޖަވާބު

    ހޫދުގެފާނު ގައުމުގެ މީހުން މަސްއޫލުވެގެން އުޅުނީ ކެއުމާއިބުއިމާއި ކުޅިވަރުކުޅުމުގައެވެ. އެބައިމީހުން ދުނިޔަވީ ވަގުތީ ހަޔާތަށް ލޯބިކޮށް، މިދުނިޔެ އާރާސްތުކުރުމުގައި އެންމެހާ ވަގުތުތަކެއް ހޭދަކުރަމުން ގެންދިޔައެވެ. މީސްތަކުން އެއްކުރެވި، އެބައިމީހުން ކޮށްފައިވާ އަމަލުތަކުގެ ހިސާބު ބެއްލެވޭނެ ދުވަހެއް ކުރިމަތީގައި އޮތްކަމެއް އެބައިމީހުން ގަބޫލެއް ނުކުރެއެވެ.

    ހޫދުގެފާނުގެ ބަސްފުޅުތަކުން އެބައިމީހުންގެ ހިތްތައް ނުތަނަވަސް ވަމުން ދިޔައެވެ. އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއުޅެއެވެ. “ހޫދު އެދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެކަލޭގެފާނު ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެމެންނަކަށް އެކަލޭގެފާނު އެދައްކަވާ ވާހަކަފުޅެއް އޮޅުމަކުން ނުފިލައެވެ.” އެއިގެ ތެރެއިން އެއްބަޔަކު ޖަވާބުދެއެވެ. “އެކަލޭގެފާނަކީ ތަނެއް ދޮރެއް ނުދަންނަ މޮޔައެކެވެ.”

    ހޫދުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަސޭހަތްތެރިވެ ވަޑައިގަތުމުގައި ސާބިތުވިއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިންވާ ބޮޑެތިމީހުން ބުންޏެވެ. "ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެ ތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ."

    ޖަވާބުގައި " އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، އާލަމްތަކުގެ ވެރި އިލާހުގެ ހަޒުރަތުން އައި ރަސޫލަކީމެވެ. އަހުރެންގެ ވެރި އިލާހުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ އަމާނާތްތެރި، ނަސޭތްތެރިޔަކީމެވެ."

    ހޫދުގެފާނުގެ ހިކުމަތްފުޅު

    ހޫދުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް ހިކުމަތްތެރިކަމާއި، މަޑުމައިތިރިކަމާއެކު ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ގެންދެވިއެވެ.

    ހޫދުގެފާނު ވިދާޅުވިއެވެ.

    • “އޭ ތިމަންކަލޭގެފާނު ގައުމުގެ މީސްތަކުންނޭވެ! އިއްޔެގައި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ އަހެކެވެ. އަދި އެކުވެރިއެއްވެސް މެއެވެ. ތިޔަބައިމީހުންނަށް އެކަން ނޭނގެނީ ހެއްޔެވެ؟"
    • "އޭ ތިމަންކަލޭގެފާނުގެ އަހުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނު ދެކެބިރުން ފިލަނީ ކީއްވެ ހެއްޔެވެ؟ ތިޔަބައިމީހުންގެ މުދަލުން އެއްވެސް އެއްޗެއް ތިމަންކަލޭގެފާނު ބޭނުމެއް ނޫނެވެ. “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟"
    • " އޭ ގައުމުގެ މީސްތަކުންނޭވެ! އާލަމްތަކުގެ ވެރި ރައްބަށް އީމާންވުމަށް ތިޔަބައިމީހުން ބިރުގަންނަނީ ކީއްވެ ހެއްޔެވެ؟ ތިޔަބައިމީހުން އީމާންވުމަކުން ތިޔަބައިމީހުންގެ މުދަލުން އެއްވެސް އެއްޗެއް އުނިނުވާ ހުއްޓެވެ. އެހެނެއްކަމަކު، އެއިރުން ތިޔަބައިމީހުންގެ ރިޒްގުގައި ބަރަކާތްލައްވައި، ތިޔަބައިމީހުންގެ ބާރު އިތުރުކޮށް ދެއްވާނެއެވެ."
    • " އޭ ޤައުމުގެ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ މިގޮވާލުމާމެދު ތިޔަބައިމީހުން ތިޔަ އަޖައިބުވަނީ ކީއްވެ ހެއްޔެވެ؟ އެކަލާނގެ ކޮންމެ މީހަކަށް ވަކިވަކިން ބަސްވަޙީ ނުކުރައްވާނެތެވެ. ކޮންމެ މީހަކަށް ވަކިވަކިން މިކަންކުރާށޭ، އެކަންނުކުރާށޭ ވަހީ ނުކުރައްވާނެތެވެ. އެހެނެއްކަމަކު، ކޮންމެ ގައުމެއްގެ ތެރެއިން، އެގައުމެއްގެ މީހުންނަށް ނަސޭހަތްދެއްވާނެ ބޭކަލަކު ފޮނުއްވައެވެ. ތިޔަބައިމީހުންނަށް ނަޞޭޙަތްދެއްވުމަށްޓަކައި އެކަލާނގެ ވަނީ ތިމަންކަލޭގެފާނު ފޮނުއްވާފައެވެ.
    • "ތިޔަބައިމީހުންނަށް އިންޒާރު ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރި އިލާހުގެ ހަޒުރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން އަޖައިބުވީ ހެއްޔެވެ؟"

    ހޫދުގެފާނުގެ އީމާންތެރިކަން

    އާދުބާގައިމީހުންނަށް ހޫދުގެފާނަށް ދެއްވާނެ ޖަވާބެއް ނޭނގުނެވެ. އަދި އެކަލޭގެފާނަށް ޖަވާބުދޭނީ ކޮންގޮތަކަށްކަމެއްވެސް އެބައިމީހުންނަކަށް ނޭނގުނެވެ. އެބައިމީހުންނަށް ދޭނެ އެއްވެސް ޖަވާބެއް ނޭނގުމުން ދެންނެވިއެވެ. "ތިމަންމެންގެ އިލާހުންތައް ކަލޭގެފާނަށް ކޯފާ ލެއްވުމުގެ ސަބަބުން ކަލޭގެފާނު މިހާރު ތިޔަވަނީ މޮޔަވެފައެވެ."

    ހޫދުގެފާނު ވިދާޅުވިއެވެ.

    • "ހަމަކަށަވަރުން މިބުދުތައް ހަދާފައިމިވަނީ ހިލައިންނެވެ. އެތަކެއްޗަށް އެއްވެސްމީހަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އަދި މިބުދުތަކަށް ވާހަކަދެއްކުމާއި، އަޑުތައް އެހުމާއި، ފެނުމުގެ ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. އަދި އެއްވެސް ހެޔޮކަމެއް އަދި ގެއްލުމެއްވެސް އެތަކެއްޗަށް މިލްކުވެގެންނެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް އަދި ފައިދާއެއް ދިނުމުގެ އެއްވެސް ކަމެއް އެތަކެއްޗަށް މިލްކުވެގެންނުވެއެވެ."
    • " އަދި ތިޔަބައިމީހުންނަކަށްވެސް އެއްވެސް ހެޔޮކަމެއް އަދި ގެއްލުމެއް މިލްކުވެގެންނުވެއެވެ. އަދި ތިޔަބައިމީހުންނަކަށް ތިމަންކަލޭގެފާނަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހުންތަކަށް ތިމަންކަލޭގެފާނު އީމާނެއް ނުވާނަމެވެ. އަދި އެއިލާހުންތައް ދެކެ ތިމަންކަލޭގެފާނު ބިރުފުޅެއްވެސް ނުގަނެއެވެ"
    • އަދިވެސް " އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝަރީކުކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް އާލަމުތަކުގެވެރި ރައްބު ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުން ހެކިވާށެވެ."
    • "އަދި ތިޔަބައިމީހުން ދެކެވެސް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަންނަމެވެ."
    • "ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް ގެއްލުން ދިނުމަށް ރާވާށެވެ." 
    • " ހަމަކަށަވަރުން ތިމަންކަލޭގެފާނާއި ތިޔަބައިމީހުންގެ ވެރި އިލާހަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ."

    މުޝްރިކުނަނަށް ރައްދުދެއްވާ ހޫދުގެފާނު ވިދާޅުވީ "ތިޔަބައިމީހުން އެނބުރި، ފުރަގަސްދޭނަމަ ދަންނާށެވެ. ތިޔަބައިމީހުންގެ ގާތަށް، އެކަމަކާއިގެން ތިމަންކަލޭގެފާނު ފޮނުއްވެވި ކަންތައް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވައިފީމެވެ. އަދި ތިމަންކަލޭގެފާނުގެ ވެރިއިލާހު، ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުން ނޫންބަޔަކު ގެންނަވާނެއެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަކަށް ގެއްލުމެއް ނުދެވޭހުށްޓެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިއިލާހީ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ އިލާހެވެ.”

    އާދުބާގައިގެ މީހުން ދެކޮޅުވެރިވުން

    ހޫދުގެފާނު ދެއްކެވި އެންމެހާ ވާހަކަފުޅުތަކެއް އާދުބާގައިގެ މީހުން އަޑުއެހިއެވެ. ނަމަވެސް އެކަލޭގެފާނަށް އީމާނެއްނުވިއެވެ. ހޫދުގެފާނުގެ ނަސޭހަތްޕުޅު ތަކުން އެބައިމީހުން ނަސޭހަތް ލިބިނުގަތެވެ. އެކަލޭގެފާނުގެ މަތިވެރި ހިކުމަތުންވެސް އެބައިމީހުންނަކަށް ފައިދާއެއްނުކުރިއެވެ.

    އަދި އެބައިމީހުން ދެންނެވިއެވެ. “އޭ ހޫދެވެ! ކަލޭގެފާނު ތިޔަ ގޮވާލައްވާ ކަންތަކަށް އެއްވެސް ދަލީލެއް އަދި ހެއްކެއް ނުދެއްކެވެއެވެ. ކަލޭގެފާނު އަލަށް ތިޔަ ވިދާޅުވާ ބަސްފުޅުތަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށެއްނުލާނަމެވެ. މީހަކު ހަމައެއްޗެކޭ ބުނާއިރަށް، ތިމަންމެންގެ ކާބަފައިން އަޅުކަން ކުރަމުން އައި އިލާހުންތައް ދޫކޮށްލަންވީ ހެއްޔެވެ؟

    އޭ ހޫދެވެ! ކަލޭގެފާނު ތިމަންމެންގެ އިލާހުންތަކަށް އީމާނެއްނުވަމެވެ. އަދި އެއިލާހުން ދެކެ ބިރުފުޅެއްވެސް ނުގަންނަމެވެ. އެހެންވީއިރު ތިމަންމެންވެސް ކަލޭގެފާނުގެ އިލާހަށް އީމާނެއް ނުވާނަމެވެ. އަދި ކަލޭގެފާނުގެ އިލާހުގެ އަޒާބަށްވެސް ބިރެއް ނުގަންނާނަމެވެ. ކަލޭގެފާނުގެ އިލާހުގެ އަޒާބުގެ ވާހަކަ ދައްކަވާތީ ވަރަށް ގިނައިން ތިމަންމެނަށް އަޑުއިވެއެވެ. އޭ ހޫދެވެ! އެ އަޒާބެއް ކޮބައި ހެއްޔެވެ؟ އެ އަޒާބު އަންނަނީ ކޮން އިރަކުން ހެއްޔެވެ؟ ތިމަންމެން މިހާރު މިއިންތިޒާރުކުރަނީ ތިޔަ އަޒާބެއް ބަލާލާ ހިތުންނެވެ.”

    ހޫދުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ނުވިސްނޭކަމާމެދު އަޖައިބުފުޅުވިއެވެ. އަދި އެބައިމީހުންގެ މޮޔަކަމާމެދު ދެރަފުޅުވެ ވަޑައިގެން ވިދާޅުވިއެވެ. " ދެނެވޮޑިގަތުންވާ ކަންކަށަވަރީ އާލަމުތަކުގެވެރި ރައްބުގެ ހަޒުރަތުގައެވެ. އަދި ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވި ކަންތައް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަނީއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނީ، ޖާހިލުބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ."

    އަޒާބު ފޮނުއްވުން

    އާދުބާގައިގެ މީހުން އުޅެމުން އައި ބިމަށް ވާރެ ނުވެހި ގިނަ ދުވަސް ތަކެއް ވާން ފަށައިފިއެވެ. ކޮންމެ ދުވަހަކުވެސް ވިއްސާރަ ވިލާގަނޑެއް އާދޭތޯ ބަލަބަލާ ތިބެއެވެ. ނަމަވެސް ވިއްސާރަ ވިލާގަނޑެއް ފެންނަ ގޮތެއް ނުވެއެވެ. އެބައިމީހުން ތިބީ ވާރެ ވެހޭނެ ވަގުތަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

    އެގޮތުން އެއްދުވަހަކު، އެބައިމީހުންނާ ދިމާލަށް ވަރަށްބޮޑު ވިއްސާރަ ވިލާގަނޑެއް އަންނަތަން ފެނިއްޖެއެވެ. އެކަމާ އެބައިމީހުން ވަރަށް އުފާވިއެވެ. އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އުފާވެރިކަމާއެކު ބުނަމުން ގެންދިޔައެވެ. "މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ. މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ."

    ނަމަވެސް ހޫދުގެފާނަށް އެނގިވަޑައިގެންނެވީ އެބައިމީހުން އެ އިންތިޒާރު ކުރަމުން އައި އަޒާބުގެ ވަގުތު އައިސް ޖެހިއްޖެކަމެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ. " މިއަންނަނީ ރަޙްމަތުގެ ވިލާގަނޑެއް ނޫނެވެ. އެހެނެއްކަމަކު އެއީ ގަދަފަދަ އަޒާބެއްވާ ވައިގެ ވިލާގަނޑެކެވެ."

    ކަންތައް ވެގެން ދިޔައީ ހޫދުގެފާނު ވިދާޅުވި ފަދައިންނެވެ. މީސްތަކުން ދުވަހަކުވެސް ދެކެފައިނުވާ، އަދި އެފަދަ ވައެއްގެ އަޑު އަހާފައިނުވާ ވަރުގަދަ ވައެއް ޖެހެން ފަށައިފިއެވެ. ވައިގެ ގަދަކަމުން ގަސްތައް ބިމުން ލުހި، ގެތައް ވެއްޓި، ނަޢަމްސޫފިތައް ވަޔާއެކު މާދުރަށް ގެންދަން ފަށައިފިއެވެ. ސަހަރާ ތެރޭގައިވާ ހިރަފުހުން މުޅި އުޑުމަތި ބަނަވެ، މުޅި ބިންމަތި އަނދިރިވެ އެއްވެސް ތަނެއް ނުފެންނަވަރު ވެއްޖެއެވެ.

    މިމަންޒަރުތައް ފެނުނު ހިނދު އެބައިމީހުން ބިރުވެރިކަމާއި ހާސްކަމާއެކު އެބައިމީހުންގެ ގެތަކަށްވަދެ ދޮރުތައް ތަންޑު އަޅުވައިފިއެވެ. މީސްތަކުން ރޮއެ ދުއާކުރަން ފަށައިފިއެވެ. ބިރުވެރިކަންވަނީ ފެތުރިފައެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ފިލަން ދާނެ ތަނެއް ނެތެވެ. އެބައިމީހުން ބިނާކުރި ވަރުގަދަ ގެތައް ވެއްޓެން ފަށައިފިއެވެ.

    މިވަރުގަދަ ވައި ހަތް ރެއާއި އަށް ދުވަހު މެދުކެޑުމެއްނެތި ޖެހުނެވެ. މިވައި މަޑުވިއިރު އާދުބާގައި މީހުންގެ ތެރެއިން ކާފަރުވީ އެންމެންވަނީ މަރުވެފައެވެ. ބިންމަތީގައިވަނީ މަރުވެފައިވާ ހަށިގަނޑުތަކެވެ. އެންމެހާ ގެތައްވަނީ ވެއްޓި ފުޑުފުޑުވެފައެވެ.

    ހޫދުގެފާނާއި އެކަލޭގެފަނަށް އީމާންވިމީހުން އެވަރުގަދަ ވައިން ސަލާމަތް ކުރެއްވިއެވެ. އާދުބާގައިމީހުން ކުފުރުވުމާއި، ނުކިޔަމަންތެރިކަމާއި ނުބައިކަމުގެ ސަބަބުން އެބައިމީހުން ހަލާކުކުރެއްވިއެވެ.

    މާތް ރަސްކަލާނގެ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. " އަދި އެއީ އާދުބާގައިމީހުންނެވެ. އެބައިމީހުންގެ ވެރިއިލާހުގެ އާޔަތްތަކަށް އެބައިމީހުން ދެކޮޅުހެދިއެވެ. އަދި އެކަލާނގެ ރަސޫލުންނަށް އެބައިމީހުން އުރެދުނެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރެއްގެ އަމުރަށް އެބައިމީހުން ތަބާވިއެވެ. މި ދުނިޔޭގައިވެސް، އަދި ގިޔާމަތް ދުވަހުންވެސް، އެބައިމީހުންނަށް ލައުނަތް ލެއްވިއެވެ. ދަންނާށެވެ! އާދުބާގައި މީހުން އެބައިމީހުންގެ ވެރި އިލާހަށް ކާފަރުވިއެވެ. ދަންނާށެވެ! އާދުބާގައި މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެއީ) ހޫދުގެފާނުގެ ގައުމުގެ މީހުންނެވެ." ހޫދުގެފާނަށާއި އެކަލޭގެފާނަށް ތަބާވީ މީހުންނަށް ސަލާމް ލައްވާށިއެވެ.

    ނޯޓް: މި ލިޔުމުގެ އަސްލަކަށް ބަލާފައިވަނީ އައްޝައިހު މުހައްމަދު ސިނާންގެ ލިޔުއްވުމެކެވެ.

    ]]>
    Tue, 19 Mar 2024 20:05:42 +0500 ހީރަސްނިއުސް
    ހުރިހާ ޝައިތާނުން މުއިއްޒުގެ ވެރިކަމާއެކު އިސްލާންވީތަ! https://heerasnews.com/2329 https://heerasnews.com/2329 މިސްކިތްތަކުން ބޭރަށް ނަމާދުކުރުމާއި ގުރުއާން ކިޔެވުމުގެ އަޑު އިވޭއިވުން ކަނޑުވާލުމަކީ ލާދީނީ ކަމެއް ކަމަށް އެމްޑީޕީ ވެރިކަމުގައި ބަޔަކު ވަރަށް ބާރަށް ގޮވިއެވެ. ނަމާދާއި ގުރުއާނުގެ އަޑުދެކެ ބިރުން ޝައިތާނުން އުޅޭނެކަމަށް ދީންވެރިކަން ދައްކައިގެން އުޅުނު ބަޔަކު އޭރު ކެނޑިނޭޅި ކިޔަމުން އައެވެ. ސަލަފުގެ ގިނަ ޝޭހުންނާއި އަލީ ރަމީޒާއި އެނޫންވެސް އެތައްބަޔަކު އޭރު ކިޔަމުން ދިޔައީ އެހެންނެވެ.

    ޑރ. މުއިއްޒު ވެރިކަމަށް އައީ ދީން ނަގާ ބޮލަށް ލައިގެން ދީން ވިއްކަމުންނެވެ. މުއިއްޒާ އަތުގުޅާލާފައި އޮތީ ސަލަފުންނެވެ. އަރަބިން ކައިގެން ތިބިއްޔާ ތިބޭނީ ކައިގެން ކަމަށް ބުނަމުން ދީން ކޮނޑަށްލައިގެން އުޅޭ ޝަހީމްވެސް ހީވަނީ އިސްލާމް ދީން އަލަށް ރާއްޖެއަށް ގެނެވިގެން އުޅޭހެންނެވެ. 

    މި ކަލޭގެ ޑރ. ވަހީދުގެ ވެރިކަމުގައި ރާއްޖޭގައި އިސްލާމިކް މިނިސްޓަރކަން ކުރިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ބައެއްގައިވެސް ޝަހީމް އިސްލަމިކް މިނިސްޓަރުކަން ކުރިއެވެ. ރައީސް ޔާމީނު ނެތް ވެރިކަމަކީ ވެރިކަމެއް ނޫން ކަމަށް ބުނެ ރައީސް ޔާމީނުވަރުގެ ދީނަށް ނަސްރުދޭ ވެރިއަކު ނުފެންނާނެ ކަމަށް އަޑަށް ބާރުލާ ގޮވީ އެ ޝަހީމެވެ. ޑރ. މުއިއްޒާ ޖެހުމުން ޝަހީމަށް ދީނަކީ މުއިއްޒޭ ހީވާ ކަހަލައެވެ.  

    އިސްލާމީކަންތަކާ ބެހެން ޑރ. މުއިއްޒު ޝަހީމާ ހަވާލު ކުރުމުން ހީވީ ރާއްޖެއަށް އިސްލާމް ދީން އައީ 17 ނޮވެންބަރ 2023 ގައި ހެންނެވެ. ވަލު ދޮރާށިން ވަދެގެންވެސް ރުހުނަސް ނުރުހުނަސް ވަޒީރުކަން ކުރެވެނިކޮށް ޝަހީމަށް ނިމުނީއެވެ. އެފާޑަށް ބައިވަޒީރެއްގެ ގޮތުގައި ދައުލަތުގެ ހަޒާނާއަށް އަތް ދަރާލައިގެން ހުންނަން ޝަހީމަށް ބާރުލިބެނީ އިސްލާމް ދީނުގެ ކޮން ނައްސަކުކަން އެނގޭ މީހަކު އުޑުބަޅު ކުރެއްވި ހިސާބުގައި އުޅެއެކޭ ހިޔެއްނުވެއެވެ. 

    ހަރާން ވަޒީރު ކަމެއްގައި ހުރެގެން އަންދުހު އާދަމަގުން ކުރަމުންއައި އެތައް ކަމެއް ބަދަލުކޮށް ނުލެވުނިއްޔާ މޮޅުކަމެއް ނުއޮންނާނެތާއެވެ. މަ މޮޅު ހެދިގެން ފަހަރަކު ކަމެއް އައުގޮތަކަށް ބަދަލު ކުރަން އުޅެގަންނާނީ އެހެން ވެގެންނެވެ. އީދު ނަމާދު ކުރާ ގަޑިއެއްވެސް ޝަހީމަކަށް ކަމަކު ނުދެއެވެ. ހުކުރު ކުރާ ގަޑިއެއް ހުކުރު ކުރާ މީހުނަށް ޝަހީމަކަށް ކަމަކު ނުދެއެވެ. ވަލުބުޑު ނުކެޑުނަސް ބަޔަކު ލައްވާ ހަތީބުކަން ކުރުވެނިކޮށް ޝަހީމަށް ނިމުނީއެވެ. ޝަހީމް ކިހާ މޮޅެއް ހެއްޔެވެ.  

    ޝައިތާނުން ބިރުގަންނަވަން މިސްކިތު ތާޅަފިލިތަކުން އިއްވި ނަމާދާއި ގުރުއާނުގެ އަޑުވެސް ކަނޑާލަން ވީއެވެ. ގުރުއާނާއި ނަމާދުގެ އަޑު ކަނޑުވާލަނީ ހުރިހާ ޝައިތާނުން ގަތް ބިރު ކެނޑުނީތާއެވެ. ހުރިހާ ޝައިތާނުން މުއިއްޒުގެ ވެރިކަމާއެކު އިސްލާމް ވީނޫން ބާވައެވެ. އެނގޭ ކަމަކީ މިސްކިތްތަކުން ނަމާދާއި ގުރުއާނުގެ އަޑު ބޭރަށް އިއްވުން ހުއްޓާލަފާނެތީ ކަންބޮޑުވެގެން އުޅުނު ދީނީ ބައިގަނޑަށް މިހާރަކު އެއްޔަކީ ލާދީނީ ކަމަކަށް ނުވެއެވެ. އިސްލާމީ ކަންތަކާބެހޭ ވަޒީރަށް ވެސް އެންމެ ރަނގަޅު ގޮތަކީ މިސްކިތުން ބޭރަށް ނަމާދާއި ގުރުއާނުގެ އަޑު ކަނޑުވާލުން ކަމަށް މިހާރު ވެއްޖެއެވެ.  

    ]]>
    Fri, 15 Mar 2024 20:43:07 +0500 ހީރަސްނިއުސް
    ރައްބާއި ރަސޫލު ހަނގުރާމަ އިއުލާން ކުރެއްވި ފާފަ: ރިބާ https://heerasnews.com/2318 https://heerasnews.com/2318 އިސްލާމްދީނުގައި ރިބާވަނީ ހަރާމް ކުރައްވާފައެވެ. ގިޔާމަތް ދުވަހު ރިބާ ކާމީހުން ތެދުވާނެ ގޮތް ކީރިތި ގުރުއާނުގައި ސިފަކުރައްވާފައިވެއެވެ. މާތް ވެގެންވާ ބަގަރާ ސޫރަތުގެ 275 ވަނަ އާޔަތުގައި އާލަމުތަކުގެވެރި ރައްބު ވަހީކުރައްވާފައިވެއެވެ.

    "ރިބާ ކާމީހުން ދަންނައެވެ. ފަހެ ޝައިތާނާ އަވަލުމުގެ ސަބަބުން މޮޔަވެ ދެބަންދިހާރަވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ އެބައިމީހުން ގިޔާމަތް ދުވަހު ނުތެދުވާނެތެވެ. އެހެނީ، އެބައިމީހުން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. ނަމަވެސް އާލަމްތަކުގެވެރި ރައްބު ވަނީ ވިޔަފާރި ކުރުން ހުއްދަ ކުރައްވާފައެވެ. އަދި ރިބާވަނީ ހަރާމްކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރައްބުގެ ހަޒްރަތުން ދެއްވާ ވައުޒާއި ނަސޭހަތް، އެމީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް ދެން އިސްވެދިޔައީއެވެ. (އެބަހީ: ރިބާގެ ހުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި އެމީހެއްގެ ކަންތައްއޮތީ، އާލަމްތަކުގެވެރި ރައްބަށް ހާއްސަވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެބައިމީހުންނީ އެތަނުގައި ދެމިތިބެނިވި ބަޔެކެވެ." 

    ޖެހިގެން އޮތް 276 ވަނަ އާޔަތުގައި ވަހީ ކުރައްވާފައި ވަނީ ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ސޮދަގާތް ދިނުމަކީ މޮޅުއިތުރު ކަމެއް ކަމުގައެވެ. ސޮދަގާތުގެ ބަރަކާތް ދުނިޔޭގައި އިތުރު ކުރައްވައި، އާހިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވާނެ ކަމަށެވެ. ފާފަވެރި، އެއްވެސް ކާފިރަކު ދެކެ، ލޯބިވެ ވޮޑިގެނެއް ނުވާކަމަށެވެ. 

    އަނެއް ކޮޅުން ހަމަ އެ ސޫރަތުގެ 278 ވަނަ އާޔަތުގައި ވަހީކުރައްވާފައި ވަނީ، އެއިލާހަށް ބިރުވެތިވުމަށެވެ. އީމާންވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ. ހަމައެއާއިއެކު 279 ވަނަ އާޔަތުގައި އިންޒާރު ކުރައްވާފައި ވަނީ ރިބާ ކެއުން ހުއްޓާ ނުލައިފި ބައެއްގެ މައްޗަށް އާލަމު ތަކުގެވެރި ރައްބާއި އެ އިލާހުގެ ރަސޫލާ، ހަނގުރާމަ އިއުލާން ކުރައްވާ ކަމަށެވެ. އިންސާނެއްގެ މައްޗަށް އޭނާގެވެރި ރައްބާއި އެ އިލާހުގެ ރަސޫލާ ހަނގުރާމަ އިއުލާން ކުރެއްވުމުގެ ނުރައްކާތެރި ކަމުގެ ބޮޑުކަމާއެވެ.

    ބަޔާންވެ ދިޔަ އާޔަތްތަކުގައި ރިބާ ކާމީހާއަށް ލިބެން އޮތް ފަސް ވައްތަރެއްގެ އުގޫބާތެއް ބަޔާން ކުރައްވާފައިވެއެވެ. 

    • ފުރަތަމަ އުގޫބާތަކީ އޭނާ ގިޔާމަތް ދުވަހު ގަބުރުން ތެދުވާނީ، އަދި ގިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިތާނާގެ ބީހުމުން މޮޔަވެފައިވާ މީހަކު ކޮއްޅަށް ހުންނަހެން، ވެއްޓިވެއްޓި ހުރުމެވެ.
    • ދެވަނަ އުގޫބާތަކީ، ރިޒުގުން ބަރަކާތް ކެނޑުމެވެ.
    • ތިންވަނަ އުގޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލައި މީހަކާ ދެކޮޅަށް އާލަމުތަކުގެވެރި ރައްބާއި އެ ކަލާނގެ ރަސޫލާ ހަނގުރާމަ އިއުލާން ކުރެއްވުމެވެ.
    • ހަތަރުވަނަ އުގޫބާތަކީ، ރިބާ ހަރާމްކަން އެނގިހުރެ އެ ކާމީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާއަކީ ފާސިގަކަށްވުމެވެ.
    • ފަސްވަނަ އުގޫބާތަކީ، ނަރަކައިގެ ދިގުދެމިގެންވާ އަޒާބު ލިބުމެވެ.

    ޔަހޫދީން ކަމުގައިވީ މީހުންނަށް ހަލާލު ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ހަރާމް ކުރެއްވި ސަބަބެއްކަމުގައި އެ ބައިމީހުން ރިބާ ހިފުން ހިމެނިގެންވާކަމަށް ސޫރަތުއްނިސާ ގެ 160 އަދި 161 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ. 

    ރިބާ ހަރާމް ކުރެއްވުމުގެ ހިކުމަތް:

    1. އަނިޔާވެރިކަމުގެ ދޮރުތައް ހުޅުވުން.
    2. ފަގީރުން އިތުރަށް ފަގީރުވުން.
    3. ފައިދާހުރި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ރޫހު ނެތިގެން ދިޔުން.
    ]]>
    Tue, 12 Mar 2024 18:04:52 +0500 ހީރަސްނިއުސް
    އެސްޓީއޯ ހައްޖު ސްކީމް: މުއައްޒަފުންގެ އުންމީދު https://heerasnews.com/1529 https://heerasnews.com/1529 އެސްޓީއޯއަކީ މުއައްޒަފުންގެ އިތުބާރާއި ލޯބި މަތީ ދަރަޖައަކަށް ހޯދާފައިވާ ކުންފުންޏެކެވެ. ހޯދަމުންދާ ކުންފުންނެކެވެ. ވަކި ދާއިރާއެއް ދޫނުކޮށް ހުރިހާ ދާއިރާއެއްގެ މުއައްޒަފުންނަށް ކުރިއެރުމާއި އިނާޔަތާއި އެހިޓެރިކަން ފޯރުކޮށް ދިނުމަކީ އެސްޓީއޯގެ ކުރިއެރުމުގެ ސިއްރެވެ. ހިވާގިކަމާއެކު ޓީމްވޯކް ކުރުމުގެ ސަގާފަތު އެންމެ ބޮޑަށް އަސަގެންފައި ވާ އެއްކުންފުންޏަށް އެސްޓީއޯ ވެފައިވަނީ މުއައްޒަފުންނަށް ފަހި މާހައުލެއް އެސްޓީއޯގައި ގައިމުވެފައި އޮންނަ އޮތުމުންނެވެ. 

    މުއައްޒަފުންގެ އަގު ވަޒަން ކުރުމާއި ހައްޖު އުމުރާގެ އަޅުކަން ކުރުމަށް އެސްޓީއޯއިން މުއައްޒަފުން ފޮނުވުން ފަދަ ކަންކަމުގެ ސަބަބުން އެސްޓީއޯގެ މުއައްޒަފުންނަކީ ބަދަހި ތަނުލޯބި ޖެހިފައި ތިބި އުފެއްދުންތެރި ހީވާގެ އިތުބާރު ހުރި ހިދުމަތްތެރި ބަޔަކަށް ވަނީވެފައެވެ. 

    މިއަހަރުގެ ހައްޖު މޫސުން އައި އިރު އެސްޓީއޯގެ ފަރާތުން އަހަރު ތިން މުވައްޒަފަކު ހައްޖަށް ފޮނުވަން އެވަނީ ނިންމާފައެވެ. އެސްޓީއޯގެ މުވައްޒަފުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމުގެ ސްކީމަކީ 2016 ވަނަ އަހަރުއްސުރެ އެސްޓީއޯގައި ހިންގަމުން އަންނަ ސްކީމެކެވެ.

    ސްކީމްގެ ދަށުން ހައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެކުރިން ފަރުޟު ހައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ.

    ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ނެތުމުން އެ އަހަރު ހައްޖަށް ފޮނުވުމަށް ހޮވިފައިވާ މުވައްޒަފުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ދެވޭގޮތް ނުވިނަމަވެސް މިދިޔަ އަހަރު އެ މުވައްޒަފުން ވެސް ވަނީ އެސްޓީއޯއިން ހައްޖަށް ފޮނުވާފައެވެ.

    ހައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެއް ޖާގަ ހާއްސަ ވެފައި އޮންނަނީ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ހާޒިރީއަށް އެންމެ ރަގަޅު މުވައްޒަފަށެވެ. އިތުރު ޖާގައަށް މުއައްޒަފުން ހޮވަނީ އެދިފައިވާ މުއައްޒަފުގެ މެދުގައި ބާއްވާ ގުރުއަތަކުންނެވެ.

    އެސްޓީއޯ ހައްޖު ސްކީމުން މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދީފައިވަނީ ޏ. ފުވައްމުލަށް ފިހާރައާއި އެސްޓީއޯ ސ. ފޭދޫ ފިހާރަ އާއި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލްގައި މަސައްކަތްކުރާ ތިން މުވައްޒަފަކަށެވެ.

    ]]>
    Sat, 17 Jun 2023 12:27:18 +0500 ހީރަސްނިއުސް
    އެމްޕީއެލް: 3 މުއައްޒަފުން ހައްޖަށް ފޮނުވުން https://heerasnews.com/1504 https://heerasnews.com/1504

    މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެ ކުންފުނީގެ ތިން މުވައްޒަފަކަށް ހައްޖު ދަތުރެއް ދީފިއެވެ. ހައްޖު ދަތުރަށް ހޮވުނު ތިން މުވައްޒަފުންނަކީ އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް ހުށަހެޅި މުވައްޒަފުންގެ ތެރެއިން ހޮވުނު ތިން މުވައްޒަފުންނެވެ. އެމްޕީއެލް އިން ހައްޖަށް ފޮނުވާ ތިން މުވައްޒަފުންނަކީ:

    • މުޙައްމަދު އަޤްލީމް – ސީނިއަރ ފައިނޭންސް އެގްޒެކެޓިވް
    • އައިޝަތު ސުނީޒާ – ސީނިއަރ އެގްޒެކެޓިވް
    • އިބްރާހިމް ވަހީދު – ޖެނެރަލް މެނޭޖަރ

    އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރިމަތިލެވޭނީ ކުންފުނީގައި މެދުނުކެނޑި 15 އަހަރު ނުވަތަ އެއަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ.

    ހައްޖަށް ދިޔުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވަނީ ބައްދަލު ކުރައްވާފައެވެ. ހައްޖު ދަތުރު ހަމަޖެހުނު ކަމުގެ ލިޔުން އެ މުވައްޒަފުންނަށް ހަވާލުކޮށްދެއްވީ ވެސް ޝާހިދު އަލީއެވެ. ހައްޖު ދަތުރު ލިބުނު ތިން މުވައްޒަފުން އެކަމާ މެދު ވަރަށް ބޮޑަށް އުފާކޮށް އެ ކުންފުންޏަށް ޝުކުރު އަދާކުރެއެވެ.

    އެމްޕީއެލްގެ އަމާޒަކީ އަންނަ އަހަރު ފަސް މުވައްޒަފުން ހައްޖަށް ފޮނުވުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ރަމަޟާން މަހު ތިން މުވައްޒަފުން އުމްރާއަށް ފޮނުވުމަށް މަސައްކަތް ކުރައްވާ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވިއެވެ.

    ]]>
    Fri, 09 Jun 2023 14:22:12 +0500 ހީރަސްނިއުސް
    ފެނަކައިގެ 8 ވަނަ ގުރުއާން މުބާރަތް ފެށިގެންކުރިޔަށް! https://heerasnews.com/1257 https://heerasnews.com/1257 އިސްލާމް ދީނުގެ ކަންކަމަށް ސަމާލުކަން ދިނުމަކީ ހަމައެކަނި ބުނެލާ ބުނުން ތަކަކަށް ހެދިޔަސް އޭގެ މާބޮޑު ފައިދާއެއް އެކަމުން ވާކަމެއް ނޫނެވެ. ބުނާ ބުނުންތަކާ އެއްވަރަށް އެކަންކަން އަމަލުން ވެސް ދެއްކުމަކީ އެހާމެ މުހިންމު ކަމެކެވެ. ރާއްޖޭގެ ގިނަ މުއައްސަސާ ތަކާއި މަތީ ފަންތީގެ ޖަމްއިއްޔާ ޖަމާއަތް ތަކުން މި ކަހަލަ ދީނާ ގުޅުންހުރި ޕޮރުގުރާމުތައް ރާވާ ހިންގުމަކީ ދީނީ ކަންކަމަށްދޭ ސަމާލުކަން އާމުންގެ ތެރޭގައި ވަރަށް ވެސް ބޮޑަށް އިތުރުވެގެން ދާނެކަން ކަމެވެ.

    މީގެ ލާމަސީލް މިސާލަކީ ފެނަކައިން އިސްވެ  ކޮންމެ އަހަރަކުވެސް  ރަމަޟާން މަހު ކުރިޔައް ގެންދާ ޤުރުއާން މުބާރާތެވެ. އެ ގޮތުން މި އަހަރުގެ ރަމަޟާން މަހުވެސް ފެނަކައިގެ 8 ވަނަ ގުރުއާން މުބާރަތް ފެށިގެން ކުރިޔައް އެބަގެންދެއެވެ. މި ކަމަކީ ފެނަކައިން ދީނީ ކަންކަމަށް ދެއްވާ ސަމާލްކަން ވަރަށް ބޮޑަށް ރަމްޒުކޮއްދޭ ކަމެކެވެ. ފެނަކައިން މި މުބާރާތް އިންތިޒާމުކޮށް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ފެނަކައިގެ މުވައްޒަފުންގެ މެދުގައި އިސްލާމް ދީނާއި ގުރުއާނަށް އޮތް ހޭލުންތެރިކަން އިތުރުކޮށް ދީނީ ކަންކަމަށް ލޯބި އުފެއްދުމެވެ. އަދި މުވައްޒަފުންގެ އާއިލާތަކާއި ފެނަކަ ކުންފުޏާއި މެދު އިތުބާރާއި އެކު ގުޅުން ބަދަހި ކުރުމެވެ.

    އިޖުތިމާއީ މި ފަދަ ކަންކަމަށް ފެނަކައިން ސަމާލުކަން ދޭކަމީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ފެނަކައިގެ ކުރިމަގު ބިނާކުރުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާއެވެ. ދީނީ މި ފަދަ ކަންކަމަށް ސަމާލު ކަންދޭ މުވައްޒަފުން ތަކެއް އުފެދުމަކީ ފެނަކައިގެ ބިންގާ ވަރުގަދަވެގެން ދާނެ ކަމެއްކަމީ އެ ވެސް ޝައްކެއް ނެތްކަމެކެވެ.

    ]]>
    Wed, 19 Apr 2023 19:24:33 +0500 އުރޫ