Maldives Real Time Facts & : ބަދިގެ https://heerasnews.com/rss/category/ބަދިގެ Maldives Real Time Facts & : ބަދިގެ dv ކޮޕީރައިޓް: Heerasnews llp (P013622021) ހީރަސް ރެސިޕީ: ބަރަބޯ މަސްހުނި https://heerasnews.com/3223 https://heerasnews.com/3223 މިއަދުގެ ހީރަސް ރެސެޕީ މިހާއްސަކޮށްލަނީ ބަރަބޯ މަސްހުންޏަށެވެ. ކޮންމެ ދުވަހަކު  ރޯދަވީއްލުމަށް ނުވަތަ ސައިބޯގަޑިއަށް ފަތް މަސްހުނި މޮޑުމުގެ ބަދަލުގައި ރަހަތަފާތު ކޮށްލުމަށް ބަރަބޯ މަސްހުންޏަކީ އެއްވަނައިގެ ކާނާއެކެވެ. ބަރަބޯ މަސްހުންޏާއި ރޮއްޓަކީ އަނގަޔަށް މީރު ކެއުމެކެވެ.

ބަރަބޯ މަސްހުނި ހަދަން ބޭނުންވާނެ ތަކެތި:

  • 1 ފިޔާ
  • 3 ހިކަނދި ފަތް
  • 1/4 ލުންބޯ
  • 1/6 ގިތެޔޮ މިރުސް
  • 1/4 ސަމްސާ ލޮނު
  • 1/2 ޖޯޑު ކާށި ހުނި
  • 1 މަސްދަޅު
  • 1 ޖޯޑު ފެނު ކެއްކި ބަރަބޯ(ފެނާ ނުލާ)

 

ތައްޔާރު ކުރާނެ ގޮތް:

  1. ތުނި ތުނިކޮށް ފިޔާ ކޮށާލާ
  2. ހިމުންވާ ވަރަށް ކުދި ކުދިކޮށް ހިކަނދި ފަތްތައް ކޮށާލާ
  3. ހެޔޮވަރުގެ މޮޑޭލެވޭ ފަދަ ތައްޓަކަށް ފިޔާތައް އަޅާލާ
  4. ފިޔާތަކުގެ ތެރެއަށް ލުނބޯ ހުތްފިތާލާ
  5. ފިޔާތަކަށް ލޮނުއަޅާ ފިޔާތަކުގެ ދިޔަ ނިކުންނަ ވަރަށް ރަނގަޅަށް މޮޑެލާ
  6. މަޑު މަޑުން ހުންޏާއި ހިކަންދި ފަތް ފިޔާތަކު ތެރެއަށް އަޅާ މޮޑެލާ
  7. މަސްދަޅުން  ތެޔޮކޮޅު ވަކި ކުރުމަށް ފަހު ހުނިތަކު ތެރެއަށް އަޅާ މޮޑެލާާ
  8. އެންމެ ފަހުން ފެނު ކެއްކި ބަރަބޯތައް މަސްހުނިގަނޑު ތެރެއަށް އަޅާ މޮޑެލާ
]]>
Thu, 27 Mar 2025 15:18:52 +0500 އެޗްފާ
ހީރަސް ރެސެޕީ: ފޮނި ބިސްކޯދު https://heerasnews.com/3216 https://heerasnews.com/3216 ހީރަސް ރެސެޕީ މިއަދު މި ހާއްސަކޮށްލަނީ ފޮނި ބިސްކޯދަށްށެވެ.ފޮނި ބިސްކޯދަކީ ކުޑަ ވަގުތު ކޮޅަކުން ، މަދު ބާވަތްތަކަކުން ހަދާލެވޭ އަނގަޔަށް މީރު ކާނާއެކެވެ.މިއީ އާއިލީ އެއްވުންތަކާއި ހަފްލާތަކުގައި ތައްޔާރުކޮށްލަން ވަރަށް ކަމުދާނެ ކާނާއެކެވެ.

ފޮނި ބިސްކޯދު ހަދަން ބޭނުންވާނެ ތަކެތި:

  • 1 ޕެކެޓް ކުރީމް ކްރެކާޒް ބިސްކޯދު
  • 1/2 ގެރި ކިރު
  • 1 ކާށި ހުނި
  • 6 ވައް ދޮންކެޔޮ
  • 1/2 ވެނީލާ އެސެންސް
  • 1/2 ޖޯޑު ފެންޓާ ސްޓުރޯބެރީ

ތައްޔާރު ކުރާނެ ގޮތް:

  1. ހެޔޮވަރުގެ ތައްޓަކަށް ދޮންކެޔޮ ނޮޅާލާފައި ، ދޮންކެޔޮތައް ރަނގަޅަށް މޮޑެލާ
  2. އެއަށްފަހު ހުންޏާއި ގެރި ކިރު ، ދޮންކެޔޮތަކު ތެރެއަށް އަޅާ މޮޑެލާ
  3. ބިސްކޯދުތައް ފުނޑުކޮށްލާފައި މޮޑުނު ދޮންކެޔޮގަނޑު ތެރެއަށް އަޅާލާފައި ހިމުންވާ ވަރަށް މޮޑެލާ
  4. އެންމެ ފަހުން ފެންޓާ ޖޯޑު، ބިސްކޯދުތައް ތެރެއަށްއަޅާ އެއްކޮށްލާ

]]>
Mon, 24 Mar 2025 17:31:16 +0500 އެޗްފާ
ހީރަސް ރެސިޕީ: މާޅޮސްކޭލު ހިކިރިހަ https://heerasnews.com/3202 https://heerasnews.com/3202 ހީރަސް ރެސިޕީގައި މި ގެނެސްދެނީ މާޅޮސްކޭލު ހިކިރިހައެވެ. މާޅޮސްކޭލުން ވަރަށް ފާޑު ފާޑުގެ ކެއުންތައް ތައްޔާރުކުރެއެވެ. މާޅޮސްކޭލު ހިކި ރިހައަކީ ވަރަށް މީރު ރިހައެކެވެ.

މިފަހަރުގެ ރެސިޕީއަށް ރިހަ ކެއްކޭނީ 3 މީހުންނަށް ކެވޭ ވަރަށެވެ.

  • ބޭނުންވާ ތަކެތި

4 މާޅޮސްކެޔޮ

1 ފިޔާ

12 ހިކަނދިފަތް

3 އިނޗީގެ ރާނބާފަތްކޮޅެއް

2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް

5 ހިކި މިރުސް

2 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި

1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު

¼ ޖޯޑު ހިކިމަސް (ތުނިކޮށް ކޮށާފައި)

½ މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި

½ މޭޒުމަތީ ސަމުސާ ނުމުގުރާހުރި އަސޭމިރުސް

1/3 ސައިސަމުސާ ރީނދޫ

¼ ޖޯޑު ބޯކިރު

¾ ސައިސަމުސާ ލޮނު (ނޫނީ ރަހަލާވަރަށް)

½ 1 ސައިސަމުސާ ހަކުރު

¼ ޖޯޑު ފެން

1 ޖޯޑު ތެޔޮ (މާޅޮސްކެޔޮ ތެލުލުމަށް)

2 މޭޒުމަތީ ސަމުސާ ތެޔޮ (ރިހަ ކެއްކުމަށް)

  • ހަދާނެގޮތް

ފިޔަވަޅު 1

  1. ތަވައެއް އުދުމަށްފަހު އެ ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ކޮތަނބިރިކޮޅާއި އަސޭމިރުސްކޮޅު އަޅާލާށެވެ.
  2. ކޮތަނބިރިކޮޅާއި އަސޭމިރުސްކޮޅު ތަވާގެ ތެރޭގައި ކުޑަކޮށް ފުމެން ފެށީމައި ދަވިއްގަނދާއި މިރުސްކޮޅު އަޅާލާށެވެ.
  3. ހުރިހާ އެއްޗަކަށް މުށިކުލަ އަރަންދެން ހޫނުކުރާށެވެ.
  4. ދެން ދިރިކޮޅު އަޅާލާފައި އަދި އިތުރު ތިރީހަކަށް ސިކުންތު ބަހައްޓާލާށެވެ.
  5. މިހުރިހާ ތަކެއްޗެއް ކުޑަކޮށް ހިހޫ ކޮށްލުމަށްފަހު ކަރަންޓު މިކްސަރު ބޭނުންކޮށްގެން ހިމުންކޮށް މުގުރާނީއެވެ.

ފިޔަވަޅު 2

  1. މާޅޮސްކެޔޮކޮޅު މަށާލުމަށްފަހު ފެންއެއްޗަކަށް ކޮށާށެވެ. ފޮއްޗެއްގައި ބަހައްޓާނީ އިންޗިއެއްގެ ބޯމިނެވެ.
  2. ދިހަވަރަކަށް މިނެޓު ފެންއެތީގައި ބަހެއްޓުމަށްފަހު މާޅޮސްކެޔޮކޮޅު ފުރާނާލައި އެއިން ރަނގަޅަށް ފެން ހިއްކާށެވެ.

ފިޔަވަޅު 3

  1. ތެއްޔެއްގައި ތެޔޮކޮޅު ހޫނުކުރާށެވެ.
  2. ރަނގަޅަށް ހޫނުވުމުން މާޅޮސްކެޔޮކޮޅު އޭގެ ތެރެއަށް އަޅާލާފައި ރަން މުށި ކުލަ އެއަށް އަރަންދެން ތެލުލާށެވެ.
  3. ތެލުލާ ނިމުމުން މާޅޮސްކެޔޮކޮޅު ރަނގަޅަށް ފުރާނާލާށެވެ.

ފިޔަވަޅު 4

  1. ފިޔާ ތުނިކޮށް ކޮށާށެވެ.
  2. 2 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އެޅުމަށްފަހު އެ ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ފިޔައާއި ރާނބާފަތާއި ހިކަނދިފަތްކޮޅު އަޅައި ފިޔާކޮޅު މަޑުވެ ރަތްވާން ފަށަންދެން މީރުކޮށްލާށެވެ.
  3. މީރުކުރި ފިޔާ ހުރި ތެލީގެ ތެރެއަށް ކުރިން މުގުރި ހަވާދާއި މާޅޮސްކޭލާއި ޓޮމާޓޯ ޕޭސްޓާއި ލޮނާއި ހަކުރާއި ރީނދުލާއި ބޯކިރާއި ފެންކޮޅާއި ހިކިމަސްކޮޅު އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ.
  4. ތެލީގައި މަތިޖަހާ ގިނި މަޑުކޮށްލުމަށްފަހު 5 ވަރަކަށް މިނެޓު ވަންދެން ކައްކާލާށެވެ.
  5. ރިހަ މާހިކިހެން ހީވާނަމަ އިތުރު ފެންކޮޅެއް އަޅާލާށެވެ.
  6. އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ރަހަ ހެޔޮވަރު ކޮށްލާށެވެ.
]]>
Sun, 16 Mar 2025 16:33:37 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ޗޮކްލެޓް ބިސްކޯދު ޕުޑިން https://heerasnews.com/3199 https://heerasnews.com/3199 ހީރަސް ރެސިޕީ މިގެސްދެނީ ޗޮކްލެޓް ބިސްކޯދު ޕުޑިން އެކެވެ. ބިސްކޯދު ޕުޑިން ހެދުމަށް މިފަހަރު ބޭނުންކުރާނީ ކެޑްބެރީ މިލްކެވެ. މި ވައްތަރުގެ ބިސްކޯދު ޕުޑިން ހެދުމަށް ބޭނުންކުރާނީ ވަރަށް މަދު އެއްޗެކެވެ. ކޑްބަރީ މިލްކް ޗޮކްލެޓް ބިސކޯދު ޕުޑިން އަކީ ވަރަށް މީރު ފޮނި އެއްޗެކެވެ. 

ރެސިޕީން ޗޮކްލެޓް ބިސްކޯދު ޕުޑިން ތައްޔާރު ކުރަން ބޭނުންކުރާނީ 6X6 އިންޗީގެ ތަބަކެކެވެ. ދޭ މިންވަރަށް ތަކެތި ބޭނުންކޮށްގެން 6X6 ގެ ތަބަކެއްގައި އަޅާ ޕުޑިން 4 މީހުންނަށް ފުދޭނެއެވެ.

  • ބޭނުންވާތަކެތި

100  ގްރާމް ކެޑްބަރީ މިލްކް ޗޮކްލެޓް

5 މޭޒުމަތީ ސަމްސާ މައިލޯ

1 ޖޯޑު ދިޔާ ކިރު

1/2 ޖޯޑު ހޫނު ފެން

1 ޕެކެޓް މާރީ ބިސްކޯދު

  • ހަދާނެގޮތް
  1. ޗޮކްލެޓްކޮޅު ދިޔާކޮށްލާށެވެ. ފްރިޖުން ބޭރުގައި އިރުކޮޅަކު ބާއްވާލުމުން ބޭނުންވާ ވަރަށް ޗޮކުލެޓު ދިޔާކޮށްލެވޭނެއެވެ.  
  2. މައިލޯ އާއި ފެން އެއްކުރާށެވެ.
  3. އޭގެ ތެރެއަށް ޗޮކްލެޓް ކޮޅު ވެސް އަޅާލާ ރަނގަޅަށް ގިރާލާށެވެ.
  4. މާރީ ބިސްކޯދުތައް ކިރަށްލާ ފޯކޮށްލުމަށްފަހު ތަބަކެއްގައި އަތުރާލާށެވެ. މުޅި ތަބައް ފުރާލުމަށް ބައެއް ބިސްކޯދު ބިންދާލައިގެން ވެސް ބިސްކޯދު އަތުރައިގެން ތަބައް ފުރާލާށެވެ.
  5. މައިލޯ އާއި ޗޮކްލެޓްގަނޑުގެ ބައެއް ސަމްސަލެއް ބޭނުންކޮށްގެން ބިސްކޯދުތަކުގެ މައްޗަށް އަޅާލާ ޗޮކްލެޓް ފަށަލައެއް ހަދާށެވެ.
  6. ބިސްކޯދުތަކުގައި ރަނގަޅަށް ޗޮކްލެޓްގަނޑު އުނގުޅާލަންވާނެއެވެ. ބިސްކޯދުތައް ކުޑަކޮށް ފެންނަން ހުއްޓަސް އަދި ރަނގަޅުވާނެއެވެ.
  7. ކުރިންވެސް ހެދިގޮތަށް ހަދައިގެން ބިސްކޯދުތަކުގެ ދެވަނަ ފަށަލަ އަތުރާށެވެ. އަދި އޭގެ މައްޗަށް އަނެއްކާވެސް ޗޮކްލެޓްގަނޑުގެ ފަށަލައެއް އަޅާލާށެވެ. ބިސްކޯދާއި ޗޮކްލެޓް ހުސްވަންދެން މިހެން ހަދަމުން ގެންދާށެވެ. ( ނޯޓް: އަތުރާ ތަބަކުގެ ސައިޒާއި ގުޅިގެން ފަށަލަތައް އިތުރުވެސް ވެދާނެއެވެ. އެންމެ ގިނައިން ޗޮކްލެޓު އަޅާނީ އެންމެ ފަހު ފަށަލައަށެވެ.)
  8. ޕުޑިންގް ސެޓް ކުރުމަށްޓަކައި ފްރިޖްގައި 3 ގަޑިއިރުވަންދެން ބަހައްޓާށެވެ.
]]>
Sat, 15 Mar 2025 18:22:31 +0500 އެޑިޓަރ
ހީރަސް ރެސިޕީ: އާލިއޯ އޯލިއޯ https://heerasnews.com/3197 https://heerasnews.com/3197 ހީރަސް ރެސިޕީ ހާއްސަކޮށްލާނީ އާލިއޯ އޯލިއޯ އަށެވެ. އާލިއޯ އޯލިއޯ އަކީ އަވަދިނެތި އުޅޭ މީހުންނަށް ވަރަށް ކަމުދާނެ ބާވަތެކެވެ. އާއްމުކޮށް އާލިއޯ އޯލިއޯ ތައްޔާރު ކުރަނީ ސްޕެގެޓީގައެވެ. ނަމަވެސް ގޭގައި އެ ވަގުތެއްގައި ހުރި ޕާސްޓާގެ ބާވަތެއް ބޭނުން ކޮށްގެންވެސް އާލިއޯ އޯލިއޯ ހަދާލެވިދާނެއެވެ. ހީރަސް ރެސިޕީގައި ހިމަނާނީ ޕާސްޓާ އެވެ. 

ރެސެޕީއިން ތައްޔާރު ކުރެވޭނީ 2 މީހުންނަށް ވާވަރަށެވެ.

  • ބޭނުންވާތަކެތި

4 ލޮނުމެދު

2 ހިކިމިރުސް

2 ޖޯޑު ޕާސްޓާ

4 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

10 ހިކަނދިފަތް

4 ޗީޒް ފޮތި

  • ހަދާނެގޮތް

ފިޔަވަޅު 1

  1. ތެއްޔަކަށް ފެންއަޅައި އެބޮކި ޖަހާ ކެކިގަންނަންދެން އުނދުން މަތީގައި އުދާފައި ބަހައްޓާށެވެ.
  2. ފެންގަނޑު ކެކިގަތުމުން ޕާސްޓާ، ލޮނު އަދި މޭޒުމަތީ ސަމްސަލެއްގެ އޮލިވް އޮއިލް އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ކެކެންދެން ބަހައްޓާށެވެ. ( ޕާސްޓާ ކެކެން 10 – 15 މިނެޓް ވެދާނެއެވެ. ޕާސްޓާ ކެކުމުން އެ ހުންނަންވާނީ މަޑުކޮށެވެ. ޕާސްޓާ މަޑުކުރާނީ އޭގައި ދަތް އަޅާލުމުން ކޮންމެވެސް ވަރެއްގެ އޮއްޓަރެއްވެސް އިހުސާސް ކުރެވޭ ވަރަށެވެ.)

ފިޔަވަޅު 2

  1. ޕާސްޓާކޮޅު ކެކެމުން ދާއިރު ލޮނުމެދުކޮޅު ކޮށާލާށެވެ.
  2. ހިކަނދިފަތް އަދި މިރުސް ކުދިކޮށް ތުނިކޮށް ކޮށާލާށެވެ. 

ފިޔަވަޅު 3

  1. ޕާސްޓާކޮޅު ކެކުނީމައި، ފުރާނާލަފައި އެއްޗަކަށް އަޅައި ބަހައްޓާށެވެ.
  2. ޕާސްޓާ ކެއްކި ފެންގަނޑުގެ ޖޯޑެއްހާ އެތިކޮޅެއްވެސް ނަގާފައި ވަކިން ބަހައްޓާށެވެ.

ފިޔަވަޅު 4

  1. ކުޑަ ތެއްޔެއް އުނދުން މައްޗަށް އުދާ މޭޒުމަތީ ސަމުސަލެއްހާ ތެޔޮކޮޅެއް އަޅާލާށެވެ.
  2. ވަރަށް ގިނިމަޑުކޮށް ބަހައްޓައިގެން ލޮނުމެދުކޮޅާއި ހިކަނދިފަތާއި މިރުސް ކޮޅު އަޅައިގެން 5 ވަރަކަށް މިނެޓުވަންދެން ހަނާލާށެވެ. (ލޮނުމެދުކޮޅު އެނދިޔަ ނުދެއްޗެވެ.)

ފިޔަވަޅު 5

  1. މަޑުކޮށްފާހުރި ޕާސްޓާކޮޅު އޭގެ ތެރެއަށް ހަނަކުރި މިރުހާ ހިކަނދިފަތާ ލޮނުމެދުކޮޅު އަޅާލާށެވެ.
  2. މާ ހިކިހެން ހީވާނަމަ ޕާސްޓާ ކެއްކިފެނުން ނެގި ފެންފޮދުން ކުޑައެތިކޮޅެއް އޭގެ ތެރެއަށް އަޅާލާށެވެ.
  3. ޕާސޤޓާ ކޮޅުތެރެއަށް އެޅި އެއްޗެތި ރަނގަޅަށް އެއްކޮށްލާށެވެ.
  4. އެއްވުމުން، ޗީޒް ފޮތިތައް އެޅުމަށްފަހު އަނެއްކާވެސް އެއްކޮށްލާށެވެ.
  5. އަނގަޔަށް މީރުކޮށްލަން ބޭނުމިއްޔާ މަސް ދަޅެއްވެސް އަޅާލެވިދާނެއެވެ.
]]>
Fri, 14 Mar 2025 17:45:42 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ބަޓަރ ނާން https://heerasnews.com/3192 https://heerasnews.com/3192 ހީރަސް ރެސިޕީގައި މިއަދު މިއޮތީ ބަޓަރ ނާން ފިހާނެ ގޮތެެވެ. ބަޓަރ ނާން އަކީ ދިވެހީންނަށް ވަރަށް ކަމުދާ އިންޑިއާގެ ރޮށީގެ ވައްތަރެކެވެ. އިންޑިއާގައި އާންމުކޮށް ނާން ފިހަނީ ތަންދޫރު ނުވަތަ ކްލޭ އުނދުނުގައެވެ. ނަމަވެސް އާދައިގެ ތަވަޔަކާ އުނދުނަކުން ވެސް ބަޓަރ ނާން ފިހެލެވޭނެއެވެ. 

ހީރަސް ރެސިޕީއިން ދޭވަޒަނަށް ތަކެތި ނަގައިގެން ފިހެވޭނީ 4 ނާންއެވެ.

  • ބޭނުންވާ ތަކެތި

240 ގްރާމް ފުށް

1 މޭޒުމަތީ ސަމުސާ ހަކުރު

2 ސައިސަމުސާ ބަޓަރު (ނާން ފިހުމަށް)

2 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު (ފުށްގަނޑަށް)

2 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު (ނާންގެ މަތީގައި ހޭކުމަށް)

1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް

½ ސައިސަމުސާ ލޮނު

½ ސައިސަމުސާ ބޭކިންގް ޕައުޑަރ

¼ ސައިސަމުސާ ބޭކިންގް ސޯޑާ

¼ ޖޯޑު ޕްލެއިން ޔޯގަޓް

¼ ޖޯޑު + 2 މޭޒުމަތީ ސަމުސާ ތާފަނާފެން 

  • ހަދާނެގޮތް

* ފިޔަވަޅު 1

  1. ބޮޑު ބޯތަށްޓަކަށް 240 ގްރާމް ފުށް، ½ ސައިސަމުސާ ލޮނު، 1 މޭޒުމަތީ ސަމުސާ ހަކުރު، ½ ސައިސަމުސާ ބޭކިންގް ޕައުޑަރ، އަދި ¼ ސައިސަމުސާ ބޭކިންގް ސޯޑާ އަޅާށެވެ.
  2. ސަމުސަލަކުން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
  3. އެއްކުރި ފުށްގަނޑުތެރެއަށް 2 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު އަޅާލާށެވެ.
  4. ¼ ޖޯޑު ޕްލެއިން ޔޯގަޓް ވެސް އަޅާލުމަށް ފަހު ފުށާއި އެއްކޮށްލާށެވެ.
  5. އެއަށް ފަހު 2 މޭޒުމަތީ ސަމުސާ ތާފެނާ ފެން ފުށްގަނޑަށް އަޅާލާފައި އެއްކޮށްލާށެވެ.
  6. ފުންގަނޑު އޮމާންވެ މޮޑެވޭވަރު ވަންދެން ފަހަރަކު 2 މޭޒުމަތީ ސަމުސާ ތާފެނާފެން އަޅަމުން ފުށްގަނޑާއި އެއްކުރަމުންދާށެވެ. (މަދުމަދުން ފެން އަޅަމުން ދިޔުމުން ފުށްގަނޑު އޮމާންވެފައި މޮޑެލަން ފަސޭހަވާނެއެވެ.)
  7. ފުށްގަނޑު ރަނގަޅަށް އޮމާންވެ މަޑު ވަންދެން އަތުން މޮޑެލާށެވެ.

ސަމާލުކަމަށް: ފުށްގަނޑު މޮޑުމަށް ގާތްގާނޑަކަށް ދެތިން މިނެޓު ނަގާނެއެވެ. އާންމުކޮށް ރޮށި ފިހާ ފުށްގަނޑަށް ވުރެ މި ނާން ފުށްގަނޑު މަޑުވާނެއެވެ. ނަމަވެސް ފުށްގަނޑުގައި އެހާ ތެތްކަމެއް ނުހުންނާނެއެވެ.  

* ފިޔަވަޅު 2 (ފުށްގަޑު މޮޑުން)

  1. ފުށްގަނޑު މޮޑެ ނިމުމުން ގުޅައަކަށް ހެދުމަށް ފަހު ބޯތަށީގެ މަތީގައި ޕްލާސްޓިކް ފުޑް ވްރެޕް ނުވަތަ ފޮތިކޮޅެއް އަޅާފައި ބަންދުކޮށްލާށެވެ.
  2. 45 މިނެޓު ވަންދެން ބަންދުކޮށްފައި ބަހައްޓާށެވެ. އޭރުން ފުށްގަނޑު އިތުރަށް މަޑުވެފައި އޮމާންވާނެއެވެ.

* ފިޔަވަޅު 3 ( މަތީގައި ހާކަން ބަޓަރު ތައްޔާރުކުރުން)

  1. ކުޑަތައްޓަކަށް 1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތނބިރި ފަތް އަޅާލާށެވެ.
  2. 2 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ބަޓަރު ކޮތަނބިރިފަތްކޮޅުގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ.

* ފިޔަވަޅު 4 (ނާން ދެމުން)

  1. 45 މިނެޓް ހަމަވުމުން ފުށްގަނޑު ބޯތަށިން ނަގުމަށް ފަހު 4 ބަޔަށް ބަހާލާށެވެ.
  2. ރޮށިދަމާއެތީގައި ފުށްގަނޑު ތަތްވިޔަ ނުދިނުމަށްޓަކައި ދެމުމުގެ ކުރިން ރޮށިދަމާއެތީގެ މަތީގައި ހިކިފުށް އުނގުޅާލާށެވެ.
  3. ރޮށިދަމާއެތި މަތީގައި ކޮންމެ ފުށްގުޅައެއް ވެސް ގާތްގަނޑަކަށް 7 އިންޗި ބޮޑު މިނަށް، ވަށް ބައްޓަމަށް ދަމާލާށެވެ.
  4. ދަމާލި ނާންތަކުގެ އެއްފުށުގައި އުލަކުން ކުޑަ ލޯވަޅުތަކެއް ހަދާލާށެވެ. (އޭރުން ފިހާއިރު ނާންގެ އެތެރޭގައި ހެދޭ އާވިތައް ބޭރުވެ، ރީއްޗަށް ފިހެވޭނެއެވެ.)

* ފިޔަވަޅު 5 (ފިހުން)

  1. ތަވައެއް ހޫނުކުރުމަށް ފަހު ½ ސައިސަމުސާ ބަޓަރު ތަވާގައި އެއްވަރަށް ހާކާލާށެވެ.
  2. ބަޓަރު ދިޔާވެ ހޫނުވުމުން ދަމާލި ނާންތަކުން ތެރެއިން އެކަތި، ލޯވަޅުހުރި ފުށް ތިރިއަށްވާ ގޮތަށް ތަވަޔަށްލާށެވެ.
  3. ދޮޅު މިނެޓަށް ނުވަތަ 2 މިނެޓު ވަންދެން ނާންގެ ފުށެއް ފިހެލާށެވެ.
  4. އަނެއް ފުށަށް ޖެހުމަށް ފަހު އިތުރު 1.5 މިނެޓަށް ފިހެލާށެވެ.
  5. ފަހަރަކު ނާނެއް އެގޮތަށް ފިލެލާށެވެ.
  6. ކޮންމެ ނާންއެއް ވެސް ފިހެ ނިމުމުން އެހެން ތަށްޓަކަށް ނަގާށެވެ.
  7. ކޮންމެ ނާންއެއްގައި ކުރިން ތައްޔާރުކުރި ކޮތަނބިރި ފަތާއި ބަޓަރު ނާންގެ މަތީގައި ޕޭސްޓްރީ ބުރުހަކުން ހާކާލާށެވެ.

ނޯޓް: ފިހެ ނިމުމުން ނާން ހުންނާނީ މަޑު މުށިކުލައެއް އަރާފައި ބޭރުފުށް ކުޑަކޮށް މުރަނަކޮށެވެ. އެންމެ ފުރަތަމަ ނާން ފިހުމަށް ތަންކޮޅެއް ގިނައިރު ނަގާފާނެއެވެ. ނަމަވެސް ތަވާގެ ގިނި ގަދަވާން ފެށުމުން ބާކީ ހުރި ނާންތައް މިއަށް ވުރެ އަވަހަށް ފިހެވޭނެއެވެ.

]]>
Wed, 12 Mar 2025 16:12:53 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ބޮމްބޭ ބިރިޔާނި https://heerasnews.com/3190 https://heerasnews.com/3190 ހީރަސް ރެސިޕީ ގައި މިއަދު އޮތީ ބޮމްބޭ ބިރިޔާނި ކެއްކުމެވެ. ބިރިޔާންޏަކީ އަކީ އެކި ގޮތްގޮތަށް އެކި މީހުން ކައްކާ އެއްޗެކެވެ. ބޮމްބޭ ބިރިޔާނި ކައްކާ އުޅެނީ ދެފަށަލައަކަށް ކުކުޅާއި ބަތް އެޅުމަށް ފަހު، އާވިން ބަތް ކައްކައިގެންނެވެ. ބިރިޔާނީގެ ރަހަ މީރުވަނީ ކެއްކުމަށް ބޭނުންކުރާ ހަވާދުންނެވެ. މިރެސިޕީގައި ބޭނުންކުރާނީ ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް އެކެވެ. 

ރެސިޕީން ކެއްކޭނީ 7 މީހަކަށް ކެވޭވަރަށެވެ.

  •  ބޭނުންވާ ތަކެތި

* ބަތް ކެއްކުމަށް:

2 ޖޯޑު ބާސްމަތީ ހަނޑޫ

2.5 ޖޯޑު ފެން

1 ސައިސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ތެޔޮ

ބިރިޔާނީ މައްޗަށް އެޅުމަށް

½ ޖޯޑު ތެޔޮ

26 ގްރާމް ހިކިމޭބިސްކަދުރު

1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ފިޔާ

35 ކެޝޫނަޓް

5 ފެނުކެއްކި ބިސް (ހަތަރު ބަޔަށް ފަޅިކޮށްފައި)

* ބިރިޔާނީ ތައްޔާރުކުރުމަށް

½ ޖޯޑު ތެޔޮ

1 ޖޯޑު މެދުމިނަކަށް ތުނިކޮށް ކޮށާފައި ހުރި ފިޔާ

800 ގްރާމް ކުކުޅު ފައި (ހަން ނޮޅާފައި)

2 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް

1 ޖޯޑު ގޮޅިކޮށް ކޮށާފައި ހުރި ޓޮމާޓޯ

1 ޖޯޑު މެދުމިނަކަށް ކުދިކޮށް ކޮށާފައި ހުރި އަލުވި

1/3 ޖޯޑު ޝާން ސްޕެޝަލް ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް

½ ޖޯޑު ޕްލެއިން ޔޯގަޓް

¼ ސައިސަމުސާ ލޮނު

¼ ޖޯޑު ފެން

3 ތޮޅި މިރުސް (މެދުން ފަޅިކޮށްފައި)

  • ހަދާނެ ގޮތް

ފިޔަވަޅު 1 (ބަތް ކެއްކުން)

  1. ފުރަތަމަ، ބަތް ކެއްކުމަށްޓަކައި 2 ޖޯޑު ބާސްމަތީ ހަނޑޫ ރަނގަޅަށް ދޮވުމަށް ފަހު ފެން ފުރާނާލާށެވެ.
  2. ދޮވެފައި ހުރި ހަނޑޫ ތެއްޔަކަށް އަޅާލުމަށް ފަހު، އެއަށް 2.5 ޖޯޑު ފެނާއި 1 ސައިސަމުސާ ލޮނު، އަދި 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލާށެވެ.
  3. ގަދަގިނީގައި 8 ނުވަތަ 10 މިނެޓު ވަންދެން ނުވަތަ ހަނޑޫ ހުރި މިނަށް ފެންފޮދު ތިރިވަންދެން ކައްކާލާށެވެ.
  4. ތެލީގެ މަތި ޖަހާފައި ގިނި މަޑުކޮށްލުމަށް ފަހު އިތުރު 5 މިނެޓަށް ނުވަތަ ބަތް ކުޑަކޮށް ހަރުވަންދެން ކައްކާލާށެވެ.
  5. އުނދުން ނިވާލުމަށް ފަހު، އިތުރަށް ތެލީގައި ފެން ހުރިނަމަ އެ ފެން ފުރާނާލާށެވެ.
  6. ބަތްކޮޅު ވަކިން ބަހައްޓާށެވެ. މިހާރު ބަތް ފުށްތައް ހުންނާނީ ކުޑަކޮށް ހަރުކޮށެވެ.

ފިޔަވަޅު 2 ( ބިރިޔާނީގެ މައްޗަށް އަޅާ ތަކެތި ތައްޔާރުކުރުން)

ހ. ތެލުލުން 1

  1. ½ ޖޯޑު ތެޔޮ ތެއްޔަކަށް އަޅާލުމަށް ފަހު 2 މިނެޓު ވަންދެން މަޑުގިނީގައި ހޫނުކޮށްލާށެވެ.
  2. ތެޔޮކޮޅު ހޫނުވުމުން އުނދުނުގެ ގިނި ގަދަކޮށްލުމަށް ފަހު ތެއްޔަށް 1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ފިޔާ އަޅާލާށެވެ.
  3. އަދި 8 މިނެޓު ވަންދެން ނުވަތަ ރަން މުށިކުލައެއް އަރަންދެން ފިޔާކޮޅު ތެއްލާށެވެ.
  4. ފިޔާކޮޅު ތެލުން ނަގާލުމަށް ފަހު ޓިޝޫ އަޅާފައި ހުރި ތަށްޓަކަށް އަޅާލާށެވެ.
  5. އަނެއްކާ ހަމަ އެތެޔޮގަނޑަށް 26 ގްރާމް ހިކިމޭބިސްކަދުރު އަޅާލުމަށް ފަހު ގަދަގިނީގައި 1 މިނެޓު ވަންދެން ނުވަތަ ހިކިމޭބިސްކަދުރުކޮޅު ފުފެންދެން ތެއްލާށެވެ.
  6. އެއަށް ފަހު، ތެލުން ނަގާފައި ތެއްލި ފިޔާ ހުރި ތަށްޓަށް އަޅާލާށެވެ.
  7. އަނެއްކާވެސް އެ ތެޔޮގަނޑު ތެރެއަށް 35 ކެޝޫނަޓް އަޅާލުމަށް ފަހު، ގަދަގިނީގައި 2 މިނެޓު ވަންދެން ނުވަތަ މަޑު މުށިކުލައެއް އަރަންދެން ތެއްލާށެވެ.
  8. ކެޝޫނަޓް ތެލުލެވުމުން ނަގާ ފިޔާކޮޅާއި ހިކިމޭބިސްކަދުރު ހުރި ތަށްޓަށް އަޅާލާށެވެ.

ށ. ތެލުލުން 2

  1. ކުރިން ތެލުލީ ތެލިނޫން އެހެން ތެއްޔަކަށް ½ ޖޯޑު ތެޔޮ އަޅާފައި ގަދަގިނީގައި 1 މިނެޓު ވަންދެން ހޫނުކޮށްލާށެވެ.
  2. 1 ޖޯޑު މެދުމިނަކަށް ތުނިކޮށް ކޮށާފައި ހުރި ފިޔާ ހޫނު ތެޔޮގަޑަށް އަޅާލުމަށް ފަހު 8 މިނެޓު ވަންދެން ހަލަމުން، ފިޔާކޮޅަށް ރަން މުށިކުލައެއް އަރަންދެން ތެލުލާށެވެ.
  3. 800 ގްރާމް ހަން ނޮޅާފައި ހުރި ކުކުޅު ފައި ހޫނުތެޔޮ ތެއްޔަށް އަޅާލުމަށްފަހު 1 މިނެޓު ވަންދެން ހަލަމުން ފިޔާކޮޅާއި އެއްކޮށްލާށެވެ. 
  4. 2 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް އޭގެތެރެއަށް އަޅާފައި އިތުރު 2 މިނެޓަށް ހަލަމުން ކައްކާށެވެ.
  5. 1 ޖޯޑު ގޮޅިކޮށް ކޮށާފައި ހުރި ޓޮމާޓޯއާއި 1 ޖޯޑު މެދުމިނަކަށް ކުދިކޮށް ކޮށާފައި ހުރި އަލުވި އަޅާފައި 1 މިނެޓު ވަންދެން އެއްކޮށްލަމުން ހަލާލާށެވެ.
  6. ދެން، 1/3 ޖޯޑު ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް އަޅާލުމަށް ފަހު އިތުރު 1 މިނެޓަށް ނުވަތަ ޓޮމާޓޯކޮޅު މަޑުވަންދެން ހަލަމުން ކައްކާށެވެ.
  7. އަދި ½ ޖޯޑު ޕްލެއިން ޔޯގަޓް އަދި ¼ ސައިސަމުސާ ލޮނު އަޅާލާފައި 6 މިނެޓަށް ނުވަތަ ސޯސްގަނޑުން ތެޔޮ ވަކިވަންދެން ކައްކާލާށެވެ.

ފިޔަވަޅު 3 ( ކެއްކުން)

  1. ކުކުޅުފައިތައް ހުރި ތެއްޔަށް ¼ ޖޯޑު ފެން އަޅާލުމަށް ފަހު 1 މިނެޓު ވަންދެން ހުރިހާ އެއްޗެއް އެއްކޮށް ހަލާލާށެވެ.
  2. މެދުން ފަޅިކޮށްފައި އޮތް 3 ތޮޅި މިރުސް އެތެއްޔަށް ލުމަށް ފަހު، ތެލީގެ މަތި ޖަހާފައި 5 މިނެޓު ވަންދެން ނުވަތަ ކުކުޅު ރޯފިލަންދެން ކައްކާލާށެވެ.
  3. ކުކުޅު ރަނގަޅަށް ރޯފިލިތޯ ބެލުމަށް ކުޑަ ކުކުޅުކޮޅެއް ތެލިން ނަގާފައި ކޮށާލުމަށް ފަހު އެތެރެ ބަލާލާށެވެ. ހުދު ކުލައިގައި ހުރި ނަމަ މިހާރު ކުކުޅު އެހުރީ ރޯފިލާފައެވެ. ފިޔާތޮށި ކުލައިގައި ހުރި ނަމަ، ހުދު ކުލަ އަރަންދެން ކައްކާލާށެވެ.
  4. ތެލީގެ މަތި ނަގާފައި ކުރިން ކައްކާލި ބަތް، ކުކުޅު ފައިތަކުގެ މައްޗަށް އަޅާލާށެވެ. މިހެން އަޅާއިރު ހުރިހާ ކުކުޅުތައް ފޮރުވޭހެން، އެއްވަރަށް އަޅާލާށެވެ.
  5. ދެން ތެލިގެ މަތި ޖަހާފައި 18 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. މިހާރު ބަތްކޮޅު ހުންނާނީ ތެލީގެ ތެރޭގައި އުފެދޭ އާވިން އެއްކޮށް ކެކި، ބަތް ފުށްތައް މަޑުވެފައެވެ.
  6. އަނެއްކާ ވެސް ތެލީގެ މަތި ނެގުމަށް ފަހު ކުރިން ތެއްލި ހިކިމޭބިސްކަދުރުކޮޅާއި، ފިޔާ، އަދި ކެޝޫނަޓް ބަތްގަނޑުގެ މަތީގައި އަތުރާލާށެވެ. އަދި އިތުރު 2 މިނެޓަށް މަތި ޖަހާލުމަށް ފަހު ކައްކާށެވެ.
  7. އުނދުން ނިވާލުމަށް ފަހު، ހަތަރު ބަޔަށް ފަޅިކޮށްފައި ހުރި 5 ފެނުކެއްކި ބިސް ތެއްޔަށް ލުމަށް ފަހު ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ.

މިހާރު ބޮމްބޭ ބިރިޔާނީ މިހިރީ ކައްކާ ނިމިފައެވެ.

]]>
Tue, 11 Mar 2025 16:06:51 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ލޮނުމިރުހު ފަޅޯރިހަ https://heerasnews.com/3187 https://heerasnews.com/3187
ހީރަސް ރެސިޕީ ލޮނުމިރުހު ފަޅޯރިހައަށް މިފަހަރު ހާއްސަކޮށްލާނަމެވެ. މަދުން ނަމަވެސް ލޮނުމިރުހު ފަޅޯރިހަ އަކީ ކައްކާއުޅޭ ރިހައެކެވެ. އަނގަޔަށް މީރު ރިހައެކެވެ. ކައްކަން ވެސް އުނދަގުލެއް ނޫނެވެ.
  • ރެސިޕީގައި ވާމިންވަރުން 4 މީހަކަށް ލޮނުމިރުހު ފަޅޯރިހައިން ފުދޭނެއެވެ.
  • ބޭނުންވާ ތަކެތި
1 ރިއްސެޔޮލީ ފަޅޯ ( 700 ގ. ހުންނަ ވަރުގެ) 
3 ފިޔާ 
3 ލޮނުމެދު 
2 މޭޒުމަތީ ސަމުސާ ހަކުރު
5 ޖޯޑު ކާށި ބޯކިރު
3 މޭޒުމަތީ ސަމުސާ ލޮނުމިރުސް ހަވާދު
2/1 ޖޯޑު ލޮނުމިރުސް
4/1 ސައި ސަމުސާ މުގުރި އަސޭމިރުސް
3 ހިކަނދިފަތް
4/1 ސައި ސަމުސާ ރީނދޫ
1/2 1 ޖޯޑު ވަޅޯމަސް 
1 ޗިކަން ކިއުބް
1 ފަޅި ލުނބޯގެ ހުތް
8 ރާނބާފަތް 
1/2 ސައި ސަމުސާ މުގުރި ދިރި
1/2 ސައި ސަމުސާ މުގުރި ފޮނި ތޮށި ކާފޫރު ތޮޅި
ލޮނުކޮޅެއް
ތެޔޮފޮދެއް
  • ތައްޔާރު ކުރާނެ ގޮތް

ފިޔަވަޅު 1

  1. ފަޅޯ ރިހަޔަށް ހެޔޮވަރަށް ކޮށާލާށެވެ
  2. ކޮށާލި ފަޅޯކޮޅު ލޮނުކޮޅެއްލައިގެން ޗަސްނުވާ ވަރަށް ފެނުގާ ކައްކާ މަޑުކޮށްލާށެވެ.
  3. ފިޔާތައް އާދައިގެ ވަރަކަށް ތުނިކޮށް ކޮށާލާށެވެ.
  4. ލޮނުމެދުކޮޅު އޮލަކޮށް ގާނާލާށެވެ. 
  5. ރާނބާފަތްތައް 1/2 އިން ބުރިބުރިކޮށްލާށެވެ
  6. ވަޅޯ މަސްކޮޅު ދޮޅުޖޯޑް ހުންނަ ވަރަށް ކޮށާލާށެވެ. 

ފިޔަވަޅު 2

  1. ތަވާ އުނދުން މައްޗަށް އުދާލާފައި ހޫނުވީމާ ކުޑަތެޔޮ ފޮދެއް އަޅާލާށެވެ.
  2. ތެޔޮ ފޮދު ހޫނުވުމުން ފިޔާ، ހިކަނދިފަތް، ރީނދޫ ،ލޮނު، ރާނބާފަތް މިރުސް އެއްކޮށް އަޅާލާށެވެ.
  3. މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.
  4. އެބައި ހަނާވީމާ ލޮނުމެދު އަސޭމިރުސް ފޮނތޮށި ކާފޫރުތޮޅި އެއްކޮށް ލާށެވެ.
  5. މަސްކޮޅު ވެސް އަޅާލާށެވެ.
  6. ރަނގަޅަށް އެއްވީމާ ހަވާދު އަދި ލޮނުމިރުސްކިރުގައި ގިރާފައި އަޅާލާށެވެ.
  7. ފަޅޯކޮޅު ވެސް އަޅާލާށެވެ.
  8. ދެން ބާކީހުރި ހުރިހާ ބާވަތް އެއްކޮށް އަޅާފައި ކައްކާށެވެ.
]]>
Mon, 10 Mar 2025 15:15:29 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ކަނޑުމަހު މުސަންމަ https://heerasnews.com/3185 https://heerasnews.com/3185 ހީރަސް ރެސިޕީގައި މި ހިމަނާލަނީ ކަނޑުމަހު މުސަންމަ ރިހައެވެ. މުސަންމަ އަކީ ދިވެހި ރިހަ ތަކުގެ ތެރެއިން ވަރަށް ނަންހިނގާ ހާއްސަ ރިހައެކެވެ. ކަނޑުމަހު މުސަންމާ ތައްޔާރުކޮށްލާށެވެ.

ރެސިޕީއިން މުސަންމާ ތައްޔާރު ކުރެވޭނީ 4-5 މީހުންނަށް ވާވަރަށެވެ.

  •  ބޭނުންވާ ތަކެތި

300 ގްރާމް ކަނޑުމަސް

4 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި

10 ހިކި މިރުސް

1 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް

4 ކާފޫރުތޮޅި

6 އިންޗީގެ ފޮނިތޮށި (ދެބުރި ކޮށްލާފައި)

2 ލޮނުމެދު

2 ބޮޑު ފިޔާ

5 މޭޒުމަތީ ސަމުސާ ތެޔޮ

½ 2 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު

½ 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި

¼ އިންޗީގެ އިނގުރުކޮޅެއް

¼ ސައިސަމުސާ ރީނދޫ

9 މޭޒުމަތީ ސަމުސާ ފެން (ހަވާދު ހެދުމަށް)

½ ޖޯޑު ކާށި ކިރު

2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)

1/3 ޖޯޑު ކަނަމަދު

1/3 ޖޯޑު ހިކި މޭބިސްކަދުރު

12 އިންޗީގެ ރާނބާފަތް (މަސްކޮޅު ބަނުމަށް)

6 އިންޗީގެ ރާނބާފަތް (ރިހަ ކެއްކުމަށް)

10 ހިކަނދިފަތް

1 ސައިސަމުސާ ލޮނު 

  •  ހަދާނެގޮތް

ފިޔަވަޅު 1 : ހަވާދުގަނޑު ހެދުން

ހ.

  1. ތަވައެއް އުދައި އެ ރަނގަޅަށް ހޫނުކުރާށެވެ.
  2. ހޫނުވުމުން އޭގެތެރެއަށް ކޮތަނބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް، އަސޭމިރުސް، ކާފޫރުތޮޅީގެ އޮށް، ފޮނިތޮށި، ލޮނުމެދު އަދި އިނގުރުކޮޅު އަޅާލާށެވެ.
  3. ކޮތަނބިރިކޮޅަށް ރަންމުށިކުލަ އަރަންދެން ހަނާކުރާށެވެ.
  4. ހަނާވުމުން ތަވައިން އެތަކެތި ނަގާ އެއްޗަކަށް އަޅާފައި ހިހޫކުރަން ބަހައްޓާށެވެ.
  5. ހަނާކުރި ތަކެތި ހިހޫ ވިމާ ރީނދުލާއި، ½ ސައިސަމުސާ ލޮނާއި، 9 މޭޒުމަތީ ސަމުސާ ފެނާއިއެކު މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑަކަށް ވަންދެނެވެ.

ށ.

  1. ފިޔާ ތުނިކޮށް ކޮށާލާށެވެ.
  2. 3 މޭޒުމަތީ ސަމުސާ ތެޔޮ ތަވައަކަށް އަޅައި ހޫނުކުރާށެވެ.
  3. ހޫނުވުމުން، ކޮށި ފިޔާކޮޅުގެ ދެބައިކުޅަ އެއްބައި ތެޔޮކޮޅުގެ ތެރެއަށް އަޅާފައި ރަންމުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.
  4. ކަނަމަދާއި ހިކި މޭބިސްކަދުރުކޮޅު ތެއްޔަށް އަޅާލާށެވެ.
  5. މޭބިސްކަދުރުތައް ފުފި ފިޔާކޮޅު ރަތް ވަންދެން ކައްކާށެވެ.
  6. ކެކުނީމައި ބޯތަށްޓަކަށް ނަގާށެވެ.
  7. ނެގުމަށްފަހު މާބޮޑަށް ތެޔޮކޮށް ހުރިހެން ހީވަންޏާ ޓިޝޫކޮޅެއް ބޭނުންކޮށްގެން ތެޔޮކަން ކުޑަކޮށްލާށެވެ.
  8. ފިޔާތައް އެޅި ބޯތަށީގެ ތެރެއަށް ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު އަޅައި އެއްކޮށްލާފައި ބަހައްޓާށެވެ.

ފިޔަވަޅު 2 : މަސްފޮތި ތައްޔާރުކުރުން 

  1. ކަނޑުމަސްކޮޅު ފުޅާމިނުގައި 2 އިންޗި، ދިގުމިނުގައި 4 އިންޗި ހުންނާނެ ތުނި ފޮތިތަކަކަށް ކަނޑުމަސްކޮޅު ފޮތިކޮށްލާށެވެ. ބޯމިން ބަހައްޓާނީ އެތެރެއަށް ހަވާދުގަނޑު އަޅާފައި އޮޅާލަން ފަސޭހަވާނެ ވަރަށެވެ. ނުވަތަ ކަނޑުމަސްކޮޅު 2 އިންޗީގެ ގޮޅިގޮޅިއަށް ކޮށުމަށްފަހު އޭގެ ތެރެއިން ތޫނު ވަޅިއެއް ވަށާ ހިންގާލައިގެން މަސްކޮޅު ފަތާވެސް ކޮށްލެވިދާނެއެވެ.
  2. 12 އިންޗީގެ ރާނބާފަތްކޮޅު ހިމަ ދިގު އެތިކޮޅުކޮޅަށް ކޮށާލާށެވެ. މި ރެސިޕީއަށް 12 އިންޗީގެ ދިގުމިން ހުރި 6-8 އެތިކޮޅު ބޭނުންވާނެއެވެ.
  3. ކަނޑުމަސް ފޮއްޗެއް ތަށްޓެއްގައި ބާއްވާ ފަތާކޮށްލާށެވެ.
  4. ފަތާކުރި ފޮތީގެ މެދަށް ކުރިން ކަނަމަދާއި ފިޔައާއި ހަވާދާއި އެއްކޮށްގެން ތައްޔާރުކުރި އެތީގެ ސައިސަމުސަލެއްހާ އެތިކޮޅެއް އަޅާފައި ސަމުސަލުން ކުޑަކޮށް މަސްކޮޅު މަތީގައި އެ ފަތުރާލާށެވެ.
  5. ދެން އޮޅާލާފައި ރާނބާފަތް ކޮޅަކުން ބަނދެލާށެވެ. ހުޅުވިދާނެ ހެން ހީވަންޏާ ދަތްކޮށްޓިއެއްވެސް ހަރާލެވިދާނެއެވެ.
  6. ހުރިހާ މަސްފޮތި ތަކެއް ހުސްވަންދެން މިހެން ހަދާށެވެ. ހަވާދުކޮޅެއް ބާކީވާނެއެވެ. އެ ބޭނުން ކުރާނީ ރިހަ ކައްކާއިރުއެވެ.

ފިޔަވަޅު 3 : ރިހަ ކެއްކުން

  1. 2 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އަޅައި ހޫނު ކުރާށެވެ.
  2. ތެޔޮކޮޅު ހޫނުވުމުން ކޮށި ފިޔާކޮޅުގެ ބާކީހުރި ބަޔާއި، 6 އިންޗީގެ ރާނބާ ފަތާއި، ހިކަނދިފަތް ތެއްޔަށް އަޅައި ފިޔާކޮޅު މަޑުވެ ރަންކުލަ އަރަން ފަށަންދެން ކައްކާށެވެ.
  3. މަސް ފޮތިތަކަށް ހަވާދު އަޅައި ނިމުންއިރު ބާކިވެފައި ހުރި ހަވާދު ކޮޅު ތެއްޔަށް އަޅާލާށެވެ.
  4. ކާށިކިރުކޮޅާއި، 2/3 ޖޯޑު ފެނާއި، ½ ސައިސަމުސަލުގެ ލޮނު ކޮޅެއްވެސް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ.
  5. ބޮކިޖަހާ ކެކިގަންނަންދެން ކައްކާލާށެވެ.
  6. ބޮކިޖަހާ ކެކެން ފެށުމުން ގިނި މަޑުކޮށްލާށެވެ.
  7. ރާނބާފަތުން ބަނދެ ތައްޔާރުކުރި މަސްކޮޅުތައް ތެލިތެރޭގައި ރީއްޗަށް އަތުރާލާށެވެ.
  8. ތެލީގެ މަތިޖަހާފައި މަސްކޮޅު ރޯފިލަންދެން ކައްކާށެވެ. ގާތްގަނޑަކަށް 20 ވަރަކަށް މިނެޓު ވާނެއެވެ.

ސަމާލުކަމަށް: ކެކެމުން ދާއިރު އެއްގޮތަކަށްވެސް ދޭފަތުން ހަލާ ނުހަދައްޗެވެ. ހަލާލަން ބޭނުން ވެއްޖިއްޔާ ތެލި އުފުލާލާފައި ކުޑަކޮށް ތަޅުވާލާށެވެ.  ކޮންމެހެން މަސްކޮޅެއް ފުށުން ޖަހަން ބޭނުންވެއްޖިއްޔާ އެކަން ކުރާނީ ދެ ސައިސަމުސާ ބޭނުން ކޮށްގެން ވަރަށް މަޑު މަޑުންނެވެ. އަދި އެކަން ކުރަންވާނީ ކެއްކުމުގެ ވީހާވެސް ފަހުކޮޅުގައެވެ.

]]>
Sun, 09 Mar 2025 16:25:34 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ދޮންއަނބު ރިހަ https://heerasnews.com/3183 https://heerasnews.com/3183 ހީރަސް ރެސިޕީގައި މިފަހަރު ހިމަނާލާނީ ދޮންއަނބުރިހައެވެ. ފޮނިރަހަ ގަދަ ދިވެހި ދޮން އަނބު ނޫނަސް ތަންކޮޅެއް ހުތް އަނބެއްގައިވެސް ދޮންއަނބު ރިހަ ކެއްކެއެވެ. އަނބުގައި ފޮނިރަހަ ގަދަތްޔާ ދޮންއަނބުރިހަ ކައްކާއިރު ހަކުރެއް މުހިންމެއް ނޫނެވެ. ނަމަވެސް މި ރެސިޕީ ބަލައިގެން ދޮން އަނބު ރިހަ ކައްކާއިރު ފޮނި މަޑުހެން ހީވާނަމަ އެމީހަކަށް ރަހަ ހެޔޮވަރު ވާވަރުގެ ހަކުރުކޮޅެއް އަޅާލާށެވެ.

ރެސިޕީން ތައްޔާރު ކުރެވޭނީ 2-3 މީހުންނަށް ވާވަރަށެވެ. 

  • ބޭނުންވާތަކެތި

4 ދިވެހި ދޮން އަނބު

2 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި

1 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު

1 ފިޔާ

2 ލޮނުމެދު

6 އިންޗީގެ ރާނބާފަތް ކޮޅެއް

4 ކާފޫރުތޮޅި

3 އިންޗީގެ ފޮނިތޮށި ކޮޅެއް

10 ހިކަނދިފަތް

2 މޭޒުމަތީ ސަމުސާ ތެޔޮ

½ މޭޒުމަތީ ސަމުސާ މުގުރި ދިރި

½ މޭޒުމަތީ ސަމުސާ ތެޅި މިރުސް 

½ ގިތެޔޮ މިރުސް 

½ އިންޗީގެ އިނގުރު ކޮޅެއް

½ ޖޯޑު ކާށިކިރު (ޕެކެޓުގައި ހުންނަ ދިޔާ ވައްތަރު)

½ ޖޯޑު ފެން

½ ޖޯޑު ތުނިކޮށް ކޮށާފައި ހުރި ހިކިމަސް

½ ސައިސަމުސާ ލޮނު

  • ހަދާނެގޮތް

ފިޔަވަޅު 1

  1. ފިޔާ ތުނިކޮށް ކޮށާށެވެ.
  2. ކާފޫރުތޮޅިތައް ކޮޅުން ހުޅުވާލާށެވެ.
  3. އިނގުރާއި ލޮނުމެދުކޮޅު ސަމުސަލެއްގެ އަނެއްފުށް ފަދަ އެއްޗެއް ބޭނުން ކޮށްގެން ރަނގަޅަށް ޗަސްކޮށްލާށެވެ.
  4. އަނބުތައް މަށާށެވެ.
  5. އަނބު މެށުމަށްފަހު ބޮޑުފޮއްޗަށް އަނބު ކޮށާލާށެވެ. އަނބުތައް ނުކޮށާ އަނބު އޮތްގޮތަށްވެސް ބޭނުން ކުރެވިދާނެއެވެ. 

ފިޔަވަޅު 2

  1. ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނުކުރުމަށްފަހު ތެއްޔަށް ފިޔާކޮޅާއި ކާފޫރުތޮޅިކޮޅާއި ފޮނިތޮށިކޮޅާއި ރާނބާފަތްކޮޅާއި ގިތެޔޮމިރުހާއި ހިކަނދިފަތްކޮޅު އަޅާލާށެވެ.
  2. ފިޔާކޮޅު ރަތްވާން ފަށްޓަންދެން ކައްކާލާށެވެ. ގިނި ބަހައްޓާނީ މެދު މިނެއްގައެވެ.
  3. ޗަސްކުރި ލޮނުމެދާއި އިނގުރުކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ތިރީހަކަށް ސިކުންތު ކައްކާލާށެވެ.
  4. ކޮތަނބިރި، ދަވިއްގަނދު، ދިރި އަދި ތެޅިމިރުސްކޮޅު ތެއްޔަށް އަޅާލާ އެއްކޮށްލުމަށްފަހު ތިރީހަކަށް ސިކުންތު ކައްކާލާށެވެ.
  5. ދޮންއަނބުކޮޅާއި ކާށިކިރާއި ލޮނާއި ފެނާއި ހިކިމަސްކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލީގެ މަތިޖަހައި ގިނިމަޑުކޮށްލައިގެން  15 މިނެޓެއް ހާއިރު ކައްކާލާށެވެ.
  6. އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ކަމުދާގޮތަކަށް ރަހަ ހެޔޮވަރުކޮށްލާށެވެ. ފޮނި މަޑިއްޔާ ހަކުރު ކޮޅެއްވެސް އަޅާލާށެވެ.
]]>
Sat, 08 Mar 2025 16:18:15 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ގޮޅަރިހަ https://heerasnews.com/3179 https://heerasnews.com/3179 ހީރަސް ރެސިޕީގައި ގެނެސްދޭން މިއަދު މިގަސްދުކުރީ ގޮޅަރިހަ (ގުޅަރިހަ)އެވެ. ގޮޅަރިހަ އަކީ ލާމު އަތޮޅަށް ނިސްބަތްވާ މަޝްހޫރު ރިހައެކެވެ. އެހެން ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި މިރިހަ ކައްކާ އުޅެއެވެ. ގޮޅަރިހަ ނުވަތަ މަސް ގުޅަރިހަ ކެއްކުމުގައި އަޅަންވީ ތަކެއްޗާއި ހަދަންވީގޮތްތަކުގައި ކުޑަކޮށް ތަފާތު ތަކެއް އެކި ހިސާބުގައި ހުރެއެވެ. 

ހީރަސް ރެސިޕީއިން ގޮޅަރިހަ ކެއްކުމަށް ބޭނުންވާ ތަކެތީގެ ވަޒަން މިދެނީ 3-4 މީހުންނަށް ވާވަރަށެވެ.

  • ގުޅަ ހެދުން
  • ބޭނުންވާ ތަކެތި

½ ފިޔާ (އާދައިގެ ސައިޒެއްގެ)

1 ލޮނުމެދު

3 ހިކަނދިފަތް

¼ ސައިސަމުސާ ނުމުގުރާ ހުރި އަސޭމިރުސް 

½ ސައިސަމުސާ ނުމުގުރާ ހުރި ދިރި

2 މޭޒުމަތީ ސަމުސާ ހުނި

5 ހިކި މިރުސް 

1 ސައިސަމުސާ ލޮނު 

2 ސައިސަމުސާ ފެން

1 & 2/3 ޖޯޑު މުގުރި ފަރު މަސް

  • ހަދާނެ ގޮތް
  1. ފިޔައާއި ލޮނުމެދުކޮޅު ކޮށާލާށެވެ. މާ ތުނިކޮށް ނުކޮށިޔަސް ރަނގަޅުވާނެއެވެ.
  2. ފަރުމަސްކޮޅު ނޫން އެހެން ހުރިހާ އެއްޗެއް މިކްސަރަށް އަޅާށެވެ. 2 ސައިސަމުސާ ފެނާ އެއްކޮށްލާފައި ދެން މިކްސަރު ޖައްސައިގެން އެތަކެތިން ޕޭސްޓް ގަނޑެއް ހަދާށެވެ.
  3. ކަށިފިލުވާ ކުދިކޮށް ކޮށާފައި ހަމަ އެހެން އެއްޗެހި ވެސް މުގުރާ ގޮތަށް ފަރުމަސްކޮޅު ވެސް މިކުސަރު ބޭނުންކޮށްގެން ރަނގަޅަށް ޗިސްކޮށްލާށެވެ.
  4. ފަރުމަސްކޮޅާއި ތައްޔާރުކުރި ޕޭސްޓް ގަނޑު ބޯތަށްޓަކަށް އަޅާފައި ރަނގަޅަށް މޮޑެލާނީއެވެ.
  5. މޮޑުނު ތަކެތިން ގުޅަ ވަށާށެވެ. އަހަރުމެން ގުޅަ ވެށިއިރު ގުޅައެއްގެ ޑަޔަމީޓަރުގައި ހުރީ ގާތްގަނޑަކަށް ½ އިންޗިއެވެ.
  • ހަވާދުގަނޑު ހެދުން
  • ބޭނުންވާ ތަކެތި

1 ފިޔާ (އާދައިގެ ސައިޒެއްގެ)

1 ލޮނުމެދު

10 ހިކަނދިފަތް

3 މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ކޮތަނބިރި

1 & ½ މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ދަވިއްގަނދު

1 މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ދިރި

½ ސައިސަމުސާ ނުމުގުރާ ހުރި އަސޭމިރުސް

1/3 ޖޯޑު ހުނި

5 ހިކި މިރުސް 

1 & ½ އިންޗި ފޮނިތޮށި

3 ކާފޫރު ތޮޅި

3 އިންޗީގެ ރާނބާފަތް ކޮޅެއް

  • ހަދަންވީ ގޮތް
  1. ފިޔާކޮޅު ތަންކޮޅެއް ބޮޑެތިކޮށް ކޮށާލާށެވެ.
  2. ބޮޑު ތަވައެއް އުދައި އެ ރަނގަޅަށް ހޫނުކުރާށެވެ.
  3. ތަވާ ހޫނު ވުމުން، ހަވާދު ގަނޑު ހަދަން ބޭނުންވާ ހުރިހާ އެއްޗެއް ތަވައަށް އަޅާށެވެ.
  4. މެދު ގިނީގައި ބަހައްޓައިގެން ހުނިކޮޅަށް މަޑު މުށިކުލައެއް އަރަންދެން ހަނާކުރާށެވެ. ހަނާ ކުރަމުން ދާއިރު ގިނަގިނައިން ތަވާ ތެރެ ހާވާލަންވާނެއެވެ.
  5. ހަނާކޮށް ނިމުމުން ހަނާކުރި ތަކެތި އެއްޗަކަށް ނަގައި ހިހޫވެލަންދެން ބަހައްޓާށެވެ.
  6. އެއްކޮށް ހިހޫ ވުމުން 5 މޭޒުމަތީ ސަމުސާ ފެން ޖަހައިގެން ޕޭސްޓް ގަނޑަކަށް ވަންދެން މިކްސަރުން މުގުރާށެވެ.
  • ރިހަ ކެއްކުން
  •  ބޭނުންވާ ތަކެތި

½ ފިޔާ (އާދައިގެ ސައިޒެއްގެ)

8 ހިކަނދިފަތް

3 އިންޗީގެ ރާނބާފަތް ކޮޅެއް

¼ ގިތެޔޮ މިރުސް 

1 & ½ މޭޒުމަތީ ސަމުސާ ތެޔޮ

1 & ½ ޖޯޑު ފެން ކިރު

4 މޭޒުމަތީ ސަމުސާ ބޯކިރު

1 ސައިސަމުސާ ލޮނު 

  • ހަދާނެ ގޮތް
  1. ފިޔާ ކޮޅު ތުނިކޮށް ކޮށާލާށެވެ.
  2. ގިތެޔޮ މިރުސްކޮޅުވެސް ކޮށާލާށެވެ.
  3. ތެއްޔަކަށް ތެޔޮފޮދު އަޅައި އެ ރަނގަޅަށް ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް ފިޔާކޮޅާއި ރާނބާފަތް ކޮޅާއި ގިތެޔޮ މިރުސްކޮޅާއި ހިކަނދިފަތް ކޮޅު އަޅައި ފިޔާކޮޅު މަޑުވެ އެއަށް ރަން މުށި ކުލަ އަރަން ފަށަންދެން ކައްކާށެވެ.
  4. ތެލީގެ ތެރެއަށް ކުރިން ތައްޔާރު ކުރި ހަވާދު ގަނޑާއިއެކު ފެން ކިރުކޮޅު އަޅާލާށެވެ. ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާފައި ބޮކި ޖަހާ ކެކި ގަންނަންދެން ކައްކާށެވެ.
  5. ތެއްޔަށް އެޅިތަކެތި ރަނގަޅަށް ކެކުނީމާ ކުރިން ވެށި ގުޅަތައް ތެއްޔަށް އަޅާލުމަށްފަހު ލޮނުކޮޅުވެސް އަޅާލާށެވެ.
  6. ދެން އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާފައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު މަޑު ގިނީގައި ކައްކާލާށެވެ.
  7. އެންމެ ފަހު ކަމަކަށް ބޯކިރުކޮޅު އަޅައި އެއްކޮށްލާފައި އަނެއްކާވެސް 2 މިނެޓެއް ހާއިރު ކައްކާލާށެވެ.
]]>
Fri, 07 Mar 2025 12:08:50 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ރަވާ ޕިރިނީ https://heerasnews.com/3173 https://heerasnews.com/3173 ހީރަސް ރެސިޕީ މިއަދު ރަވާ ޕިރިނީ އަށް ހާއްސަ ކޮށްލަމެވެ. ރަވާ ޕިރީނީއަކި ހަނޑޫ އަޅައިގެން ކައްކާ ޕިރިނީއަށް ވުރެ އަވަހަށް ކެއްކޭ ތައްޔާރު ކޮށްލަންވެސް ފަސޭހަ ޕިރިނީއެކެވެ.

ރެސިޕީގައި ތަކެތި ނެގުމަށް މިބުނަނީ 6-8 މީހުންނަށް ވާވަރަށް ޕިރިނީ ކެއްކުމަށެވެ.

  •  ބޭނުންވާތަކެތި

½ ޖޯޑު ރަވާ (ސެމޮލިނާ)

¼ ޖޯޑު ހަކުރު

1 ދަޅު ގެރިކިރު

1 ޖޯޑު ފުލް ކްރީމް ކިރު

1 ސައިސަމުސާ ރޯޒްވޯޓަރ (ނޫނީ ބޭނުން ވަރަކަށް)

1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި

6 އިންޗީގެ ރާނބާފަތް ކޮޅެއް

 2 ޖޯޑު ފެން

  • ހަދާނެގޮތް

ފިޔަވަޅު 1

  1. ތެއްޔެއް މެދު ގިނީގައި ބަހައްޓައިގެން ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް ރަވާކޮޅު އަޅާލާށެވެ.
  2. އެއިން މީރުވަސް ދުވަން ފަށަންދެން ހަނާ ކުރާށެވެ.
  3. މުށި ކުލަ އަރަންދެން ހަނާ ކުރާނެ ކަމެއް ނެތެވެ.

ފިޔަވަޅު 2

  1. ފެނާއި ފުލް ކްރީމް ކިރާއި ހަކުރާއި ރާނބާފަތްކޮޅު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކުރަމުން ކައްކާށެވެ. ކައްކާނީ ތެލީގައިވާ ތަކެތި ބޮކިޖަހާ އޮލަވަންދެނެވެ.
  2. ބޮކިޖަހާ އޮލަވުމުން ރާނބާފަތްކޮޅު ނަގައި އެއްލާލާށެވެ.
  3. ގެރިކިރުދަޅު ތެއްޔަށް އޮއްސާލާފައި އަނެއްކާވެސް އެއްކުރަމުން ކައްކަމުން ގެންދާށެވެ.
  4. މިފަހަރުވެސް ކައްކާނީ ތެލީގައިވާ ތަކެތި ބޮކިޖަހާ އޮލަވަންދެނެވެ.

ފިޔަވަޅު 3

  1. އުނދުން ނިވާލާފައި ރޯޒްވޯޓަރކޮޅު ތެއްޔަށް އަޅައި އެއްކޮށްލާށެވެ.
  2. ޕިރިނީ ސެޓްކުރަން ބޭނުން ކުރާނެ ކޮންޓެއިނަރުގެ ތެރެއަށް ތެލީގައިވާ ތަކެތި އޮއްސާލާށެވެ.
  3. ތެލީގައިހުރި ތަކެތި ކޮންޓޭނަރަށް އޮއްސާލުމަށްފަހު ފުރޭންޏެއް ބޭނުން ކޮށްގެން ފޮނިތޮށި ކާފޫރުތޮޅިކޮޅު އޭގެ މައްޗަށް ބުރުއްސާލާށެވެ.   

ފިޔަވަޅު 4

  1. ޕިރިނީ ސެޓް ކުރަން ބަހައްޓާށެވެ. ފްރިޖްގައިވެސް ބޭރުގައިވެސް ބެހެއްޓިދާނެއެވެ.
  2. ބައިގަޑިއެއް ހާއިރު ބެހެއްޓުމުން ޕިރިނީ އޮންނާނީ ސެޓްވެފައެވެ.
]]>
Thu, 06 Mar 2025 16:47:23 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ރިހާކުރު ރިހަ https://heerasnews.com/3171 https://heerasnews.com/3171 ހީރަސް ރެސިޕީގައި މިއަދު ހުށަހަޅާލަ ދޭނީ ރިހާކުރު ރިހައެވެ. ރިހާކުރު ރިހައަކީ ތައްޔާރުކޮށްފައި ހުންނަތަން ތަންކޮޅެއް މަދުން ފެންނަ ރިހައެކެވެ. ނަމަވެސް މިއީވެސް ރާއްޖޭގައި ކައްކާއުޅޭ ރިހައެކެވެ. ރިހާކުރު ރިހަ ކައްކާ އުޅޭ ގޮތުގައި ތަފާތުތަކެއް ހުރެއެވެ. ބައެއް މީހުން ކައްކަނީ ރިހާކުރު ރިހަ ކައްކަނީ އައްޑޫ ހަވާދު އަޅައިގެންނެވެ. އެނޫން ހަވާދު ތަކުގައިވެސް މިރިހަ ކައްކައެވެ.

ހީރަސް ރެސިޕީގައި މިނެދޭވަރުން ރިހާކުރު ރިހަ ކެއްކޭނީ 3-4 މީހުންނަށް ވާވަރަށެވެ.

  •  ބޭނުންވާތަކެތި

4 މޭޒުމަތީ ސަމުސާ ރިހާކުރު 

2 ފިޔާ

8 ހިކި މިރުސް 

15 ހިކަނދިފަތް

1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި

1 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް

1 ލޮނުމެދު

6 އިންޗީގެ ރާނބާފަތް ކޮޅެއް

3 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި

2 ބިލަމަގު 

½ 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު

½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

1/3 ޖޯޑު ހުނި

3/4 ޖޯޑު ކޮށާފައިހުރި ވަޅޯމަސް

2 މޭޒުމަތީ ސަމުސާ ތެޔޮ

2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)

8 މޭޒުމަތީ ސަމުސާ ފެން (ހަވާދަށް)

½ ޖޯޑު ބޯކިރު

  • ހަދާނެގޮތް

ފިޔަވަޅު 1

  1. އެއްފިޔާ ކޮށާލާށެވެ. ކޮށާނީ ތަންކޮޅެއް ބޮޑެތިކޮށް ފޮތިތައް ހުންނާނެ ގޮތަށެވެ.
  2. ބޮޑު ތަވައެއް އުދާ އެ ރަނގަޅަށް ހޫނުކުރުމަށްފަހު އެއަށް ކޮތަނބިރިކޮޅާއި ދަވިއްގަނދުކޮޅާއި ދިރިކޮޅާއި އަސޭމިރުހާއި ލޮނުމެދާއި ހުންޏާއި 10 ހިކަނދިފަތާއި ރާނބާފަތްކޮޅުގެ ދެބައިކުޅައެއްބަޔާއި ހިކިމިރުސްކޮޅާއި ކޮށިފިޔާކޮޅު އަޅާށެވެ.
  3. މެދުމިނެއްގައި ގިނި ބަހައްޓައިގެން ހުނިކޮޅަށް މުށިކުލަ އަރަންދެން ތެލީގައިހުރި ތަކެތި ހަނާކުރާށެވެ. ހަނާވަމުންދާއިރު ތަވާތެރޭގައިވާ ތަކެތި ދޭތެރެ ދޭތެރެއިން ދޭފަތަކުން ހާވާލަންވާނެއެވެ. އެއީ އެއްވެސް އެއްޗެއް އެނދިޔަ ނުދިނުމަށެވެ.
  4. ތަވައިން އެތަކެތި ނަގާށެވެ. އަދި އެތަކެތި ހިހޫވީމައި 8 މޭޒުމަތީ ސަމުސަލުގެ ފެނާއިއެކު ކަރަންޓު މިކްސަރު ބޭނުން ކޮށްގެން މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑެއް ހެދެންދެނެވެ.

ފިޔަވަޅު 2 

  1. ބާކީ އޮތްފިޔާ ތުނިކޮށް ކޮށާލާށެވެ.
  2. ތެއްޔަކަށް ތެޔޮކޮޅު އަޅާލާފައި ތެޔޮކޮޅު ހޫނުވުމުން އޭގެތެރެއަށް ތުނިކޮށްކޮށި ފިޔާކޮޅާއި، 5 ހިކަނދިފަތާއި، ގިތެޔޮމިރުހާއި ބާކީއޮތް ރާނބާފަތްކޮޅު އަޅާލާފައި ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާލާށެވެ.

ފިޔަވަޅު 3

  1. ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު ތެއްޔަށް އަޅާލާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު މިނެޓެއްހާއިރު ކެކިލަން ބަހައްޓާލާށެވެ.
  2. ދެން ފެނާއި ވަޅޯމަސްކޮޅު ތެއްޔަށް އަޅައި އެއްކޮށްލާފައި ބޮކިޖަހާލަންދެން ކައްކާލާށެވެ.
  3. އެއަށްފަހު ބޯކިރުކޮޅާއި ބިލަމަގު އަދި ރިހާކުރުކޮޅު ތެއްޔަށް އަޅާލާށެވެ. ބިލަމަގު އަޅާނީ ފަޅާލާފައެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލީގައި މަތިޖަހާފައި ގިނި މަޑުކޮށްލާށެވެ.
  4. މަޑުގިނީގައި ބަހައްޓައިގެން ވިއްސަކަށް މިނެޓު ކައްކާލާށެވެ. އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ބޭނުންވާ ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލަން ވާނެއެވެ.

ނޯޓް: ރިހާކުރު ރިހައަކަށް މިރެސިޕީގައި ލޮނެއް ނުލަމެވެ. އެއީ ރިހާކުރުކޮޅުން ބޭނުންވާ ވަރުގެ ލޮނުރަހައެއް ލިބޭނެތީއެވެ. ނަމަވެސް ބޭނުމިއްޔާ ބޭނުންވާ ވަރަށް ލޮނުރަހަލައްވަން ލޮނުކޮޅެއް އަޅާލެވިދާނެއެވެ.

]]>
Wed, 05 Mar 2025 16:35:45 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ސޫޖީ https://heerasnews.com/3167 https://heerasnews.com/3167 ހީރަސް ރެސިޕީ މިއަދު ހާއްސަކޮށްލާނީ ސޫޖީއަށެވެ. ސޫޖީއަކީ ވަރަށް މޭ ހެޔޮކުރާ މީރު ފޮނި ބުއިމެކެވެ. ރޯދަ ވީއްލާ ގަޑިއަށާއި ތަރާވީސް ދަމަށް ރޯދަ މަހު ސޫޖީއަަކީ ވަރަށް އާއްމު ބުއިމެކެވެ.

ސޫޖީއަކީ ފޮނި ބުއިމެއް ނަމަވެސް  ހީރަސް ރެސިޕީގައި ހަކުރެއް ބޭނުމެއް ނުކުރަމެވެ. ސޫޖީހަދަން ބޭނުން ކުރާ ގެރިކިރަކީ ނިކަން ފޮނިގަދަ އެއްޗަކަށް ވީމާ ަކުރު ނުހިމަނަނީއެވެ. އެހެން ނަމަވެސް ބޭނުމިއްޔާ ހަކުރުކޮޅެއް އަޅާލާށެވެ. ބޭނުމިއްޔާ ހީރަސް ރެސިޕީގައި ބުނާ ވަރަށްވުރެ އިތުރަށް ފިނިފެން ވެސް އަޅާލެވިދާނެއެވެ.

ސޫޖީ ތައްޔާރު ކުރާއިރު ފިޔާކޮޅާއި ހިކި މޭބިސްކަދުރުކޮޅާއި ކަނަމަދުކޮޅު ރަނގަޅަށް ރަތްކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ހީރަސް ރެސިޕީއިން ތައްޔާރު ކުރެވޭނީ ގާތްގަނޑަކަށް: 6 – 8 މީހުންނަށް ވާ ވަރަށެވެ.

  • ބޭނުންވާ ތަކެތި
  • 1 ޖޯޑު ކަނަމަދު
  • 1 ބޮޑު ފިޔާ
  • ½ ޖޯޑު ހިކި މޭބިސްކަދުރު
  • ½ ޖޯޑު ރަވާ (ސެމޮލިނާ)
  • ½ 2 މޭޒުމަތީ ސަމުސާ ގިތެޔޮ
  • 1 ދަޅު ގެރިކިރު
  • 5 ކާފޫރުތޮޅި
  • 6 އިންޗީގެ ރާނބާފަތްކޮޅެއް (ދެ ބުރި ކޮށްލާފައި)
  • 6 އިންޗީގެ ފޮނިތޮށި (ދެ ބުރި ކޮށްލާފައި)
  • 5 ޖޯޑު ފެން
  • 1 ސައިސަމުސާ ފިނިފެން (ރޯޒް ވޯޓަރ)
  • ހަދާނެގޮތް
  1. ފިޔާކޮޅު ތުނިކޮށް ކޮށާލާށެވެ.
  2. ތެއްޔަކަށް މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ އެޅުމަށްފަހު އެ ހޫނުކުރާށެވެ. ގިތެޔޮ ކޮޅު ހޫނުވެ ވިރުމުން ފިޔާކޮޅާއި ކާފޫރު ތޮޅިކޮޅު އަޅާލާށެވެ. ކާފޫރު ތޮޅިކޮޅު އަޅާނީ ކޮޅުން ހުޅުވާލާފައެވެ.
  3. މެދު މިންވަރެއްގައި ގިނި ބަހައްޓައިގެން ފިޔާކޮޅު ރަތްވަންދެން ކައްކާށެވެ.
  4. ފިޔާކޮޅާއި ކާފޫރު ތޮޅިކޮޅު ތެލިން ނަގައި އެއްޗަކަށް އަޅާފައި ބަހައްޓާށެވެ.
  5. ހަމަ އެ ތެއްޔަށް ދެން ހިކި މޭބިސްކަދުރު ކޮޅު އަޅާލާފައި މޭބިސްކަދުރު ކޮޅުގެ މުށިކުލަ އިތުރަށް ގަދަވެ އެ ފުފެން ފަށަންދެން ކައްކާށެވެ.
  6. މޭބިސްކަދުރު ކޮޅު ވެސް ތެލިން ނަގައި އެއްޗަކަށް އަޅާފައި ބަހައްޓާށެވެ.
  7. ދެން ތެއްޔަށް ½  މޭޒުމަތީ ސަމުސާ ގިތެޔޮ އެޅުމަށްފަހު ކަނަމަދުކޮޅު އަޅާލާށެވެ. ހިކި މޭބިސްކަދުރަށް ހެދިގޮތަށް ކަނަމަދު ކޮޅުވެސް ކުލަ ބަދަލުވަންދެން ކައްކާށެވެ.
  8. ކަނަމަދުކޮޅު ތެލިން ނަގައި އެއްޗަކަށް އަޅައިފައި ބަހައްޓާށެވެ.
  9. އަނެއްކާވެސް ތެއްޔަށް މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ އަޅާފައި އޭގެތެރެއަށް ރަވާކޮޅު އަޅާށެވެ. ރަވާކޮޅު ކައްކާނީ އެއަށް ރަންކުލަ އަރަންދެންނެވެ.
  10. ދެން ފެނާއި، ފޮނިތޮށްޓާއި ރާނބާފަތާއި ކުރިން ތައްޔާރުކުރި ފިޔާކޮޅާއި، ކާފޫރު ތޮޅިކޮޅާއި ހިކި މޭބިސްކަދުރުކޮޅާއި ކަނަމަދުކޮޅު ތެއްޔަށް އަޅާލާނީއެވެ.
  11. ރަނގަޅަށް އެއްކޮށްލާފައި ތެލީގައި މަތި ޖަހާށެވެ. ދެން މެދު ގިނީގައި ބަހައްޓައިގެން ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ.
  12. ދެން ގެރިކިރު ކޮޅާއި ފިނިފެންކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާފައި އިތުރު ދެ މިނެޓެއްހާއިރު ތަންކޮޅެއް މަޑު ގިނީގައި ކައްކާލާށެވެ.
]]>
Tue, 04 Mar 2025 15:10:21 +0500 އެޑިޓަރ
ހީރަސް ރެސިޕީ: ވަޅޯމަސް ކޮއްތުރޮށި https://heerasnews.com/3163 https://heerasnews.com/3163 ހީރަސް ރެސިޕީ މިއަދު ހާއްސަކޮށްލާނީ ކޮއްތު ރޮއްޓަށެވެ. ކޮއްތު ރޮށްޓަކީ ސިލޯނު މީހުންގެ އުފެއްދުމެއް ކަމަށް ބުނެވެއެވެ. ކޮއްތު ރޮއްޓަކީ ސްރީލަންކާގައި ނޫނަސް ރާއްޖޭގައިވެސް ވަރަށް މަޝްހޫރު ކެއުމެކެވެ. އެކި ނަންނަމުގެ ކޮއްތުރޮށި ރާއްޖޭގައި ތައްޔާރުކޮށް އުޅެއެވެ. ކޮއްތުރޮއްތަކީ ވަރަށް ހިނގާ މީރު ކެއުމެކެވެ. 

ރެސިޕީއިން ތައްޔާރު ކުރެވޭނީ: 4-6 މީހުންނަށް ވާ ވަރަށެވެ.

  • ބޭނުންވާ ތަކެތި

5 ޗަޕާތީ 

1 ޖޯޑު ކޮށާފައިހުރި ވަޅޯމަސް

2 ފިޔާ

2 ޖޯޑު ކެބެޖް (ކޮށާފައި)

1 ޓޮމާޓޯ (ބޮޑު)

2 ބިސް

1 ކެރެޓު

2 ހިކި މިރުސް

4 ލޮނުމެދު

1 އިންޗީގެ އިނގުރު

4 ހިކަނދިފަތް

2 ކާފޫރު ތޮޅި

1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު

½ 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

½ ސައިސަމުސާ ދިރި ޕައުޑަރ

1 މޭޒުމަތީ ސަމުސާ ތެޅި މިރުސް

2 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ތެޔޮ

  • ހަދާނެގޮތް
  1.  ޗަޕާތީތައް ފިހެލާފައި ވަޅިއަކުން ޗަޕާތީތައް ކޮށާލާށެވެ. ކޮށާނީ ކޮންމެ އެތިކޮޅެއްގައި ½ އިންޗީގެ ފުޅާމިން ހުންނާނެ ގޮތަށެވެ.
  2. ކެރެޓު ތައް ގާތްގަނޑަކަށް ދިގުމިނުގައި 2 އިންޗި އަދި ބޯމިނުގައި ސެންޓިމީޓަރެއް ހުންނާނެ ގޮތަށް ކޮށާށެވެ. ފިޔާކޮޅުވެސް ތުނިކޮށް ކޮށާލާށެވެ.
  3. ޓޮމާޓޯއާއި ލޮނުމެދާއި އިނގުރުކޮޅު ކުޑަކޮށް ފޮތިފޮތި ކޮށްލުމަށްފަހު އެތަކެއްޗާއިއެކު ހިކި މިރުސް، ހިކަނދިފަތް، ކާފޫރުތޮޅީގެ އޮށް އަދި ކޮށި ފޔަލުގެ ހަތަރުބައިކުޅަ އެއްބައި މިކްސަރަށް އަޅައި އެތަކެތިން ޕޭސްޓް ގަނޑެއް ހަދާށެވެ.
  4. ތެޔޮ ކޮޅު ބޮޑު ތެއްޔަކަށް އެޅުމަށްފަހު އެ ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ޕޭސްޓްގަނޑު އަޅައި މަޑު ގިނީގައި މިނެޓެއްހާއިރު ކައްކާލާށެވެ.
  5. ތެއްޔައް ސޯޔާ ސޯސް، ޓޮމާޓޯ ޕޭސްޓް، ދިރި، ތެޅި މިރުސް، އަދި ހަވާދުކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ރަހަބަލާލާފައި ލޮނާއި ކުޅިމިން ހެޔޮވަރު ކޮށްލާށެވެ.
  6. ފިޔާކޮޅު ތެއްޔަށް އަޅާލާފައި އެ މަޑުވާންދެން ކައްކާށެވެ.
  7. ކުޑަކޮށް އުނދުނުގެ ގިނި ގަދަ ކޮށްލާފައި ކެރެޓާއި ވަޅޯމަހާއި ޗަޕާތީތައް އަޅައި ކެރެޓުކޮޅު ކުޑަކޮށް މަޑުވެލަންދެން ކައްކާށެވެ. ދޭތެރެ ދޭތެރެއިން ހަލާލަންވާނެއެވެ.
  8. ކެބެޖުކޮޅުވެސް އަޅާލައި ރަނގަޅަށް އެއްކޮށްލާށެވެ.
  9. ތެލީގެ ތެރޭގައި ހުރި ތަކެތި އެއްކައިރިއަކަށް ޖައްސާލުމަށްފަހު ހުސްކުރި ތަންކޮޅަށް ބިސްކޮޅު އަޅާލާށެވެ. ބިސްކޮޅު ކެކެން ފެށުމުން ތެލީގައި ހުރ އެހެން ތަކެއްކާއި ބިސްކޮޅު އެއްކޮށްލާށެވެ.
]]>
Mon, 03 Mar 2025 14:39:32 +0500 އެޑިޓަރ
ހީރަސް ސުފުރާ: ބަޓަރ ޗިކަން https://heerasnews.com/2373 https://heerasnews.com/2373 ހީރަސް ސުފުރާ މިފަހަރު ހާއްސަ ކޮށްލާނީ ބަޓަރ ޗިކަން އަށެވެ. ބަޓަރޗިކަން ހަދާލުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. މި ފަހަރުގެ ރެސިޕީ އެކުލަވާލާނީ ފަސް މީހަކަށް ވާވަރަށެވެ.

ބޭނުންވާތަކެތި:

  • 500 ގްރާމް ބޯންލަސް ކުކުޅު
  • 1 ފިޔާ
  • 4 ލޮނުމެދު
  • 7 ކާފޫރު ތޮޅި
  • 2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
  • 2 ސައިސަމުސާ ދިރި
  • 2 ސައިސަމުސާ ކޮތަނބިރި
  • 1 ސައިސަމުސާ ގަރަމް މަސާލާ
  • 1 ސައިސަމުސާ ތެޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)
  • 2 ސައިސަމުސާ ތަންދޫރީ ހަވާދު
  • 2 މޭޒުމަތީ ސަމުސާ ބަޓަރު
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
  • 1 ސައިސަމުސާ ހަކުރު
  • ¾ ޖޯޑު ކާށި ކިރު
  • ½ ޖޯޑު ޕްލެއިން ޔޯގަޓް
  • ½ ޖޯޑު ޓޮމާޓޯ ޕިޔުރީ

ހަދާނެގޮތް:

  • ކުޅިމަހަށް ކަނޑުމަސް އާއްމުކޮށް ކޮށާ ސައިޒަށް ކުކުޅު ކޮށާށެވެ.
  • ލޮނާއި ދިރިއާއި ކޮތަނބިރިއާއި ގަރަމް މަސާލާއާއި ތެޅިމިރުހާއި ޔޯގަރޓް  ބޮޑު ބޯތަށްޓެއްގައި އެއްކުރާށެވެ.
  • ތައްޔާރު ކުރެވުނު މަސާލާ ބޯތަށީގެ ތެރެއަށް ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ.
  • ގިނައިރު ބަހައްޓަން ބޭނުންވާނަމަ ބަހައްޓާނީ ފްރިޖްގައެވެ.
  • ފިޔާ ތުނިކޮށް ކޮށާލާށެވެ.
  • ލޮނުމެދުތައް ޗަސްކޮށްލާ ކާފޫރުތޮޅިކޮޅުގެ ކޮޅުތައް ކަނޑާލާށެވެ.
  • ބޮޑު ތެއްޔެއްގައި ބަޓަރާއި ތެޔޮކޮޅު އެކުގައި ހޫނު ކުރާށެވެ.
  • ގިނި މެދުމިނެއްގައި ބަހައްޓާފައި އެއަށް ފިޔާ އަދި ކާފޫރު ތޮޅިކޮޅު އަޅާލުމަށްފަހު ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާށެވެ.
  • ދެން ލޮނުމެދުކޮޅު އަޅާލާފައި އެއްކޮށްލުމަށްފަހު ބައި މިނެޓުވަރު ކައްކާލާށެވެ.
  • ތަންދޫރީ ހަވާދު އަޅާ އެއްކޮށްލާށެވެ.
  • ހަވާދުގެ ވަސްދުވަން ފެށުމުން ޓޮމާޓޯ ޕިޔުރީ، ޓޯމާޓޯ ކެޗަޕް، ކުކުޅު އަދި ހަކުރުކޮޅު ތެއްޔަށް އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
  • ކާށިކިރުކޮޅުވެސް އަޅާލާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.
  • ތެލީގެ މަތި ޖަހާ ގިނި މަޑު ކޮށްލުމަށްފަހު 30 މިނެޓުވަރު ކައްކާލާށެވެ.
  • އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ލޮނާއި ކުޅި ރަހަ ހެޔޮވަރު ކުރާށެވެ.
  • ޓޮމާޓޯ ޕިޔުރީއާއި ހެދި ރިހަ މާބޮޑަށް ހުތް ހެން ހީވާނަމަ އަދި އިތުރު ހަކުރު ކޮޅެއް އަޅާލާށެވެ.
  • ކުކުޅުގައި ހަވާދުގެ ރަހަ ބޮޑަށް ލައްވާލަން ބޭނުންވާނަމަ ހަވާދުގަނޑު ހާކައިފައި ގިނައިރުވަންދެން ކުކުޅު މެރިނޭޓް ކުރާށެވެ.
]]>
Tue, 02 Apr 2024 14:34:02 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: ބްލޫބެރީ މޮހީޓޯ https://heerasnews.com/2367 https://heerasnews.com/2367 ހީރަސް ސުފުރާ ފަޅުފިލުވާލުމަށް ތައްޔާރުކޮށްލަން މިއުޅެނީ ބްލޫބެރީ މޮހީޓޯ ތައްޓެކެވެ. ބްލޫބެރީ މޮހީޓޯއަކީ ރޯދަވީއްލާ ގަޑިއަށް ވަރަށް ކަމުދާނެ، ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެކެވެ.

ބޭނުންވާ ތަކެތި:

(ބްލޫބެރީ މޮހީޓޯ ތައްޓެއް ތައްޔާރު ކުރުމަށް) 

  • 3 މިންޓްފަތް
  • 1/2 އައުންސް ބްލޫބެރީ ސިރަޕް
  • 2 އައުންސް ސްޕްރައިޓް
  • 3/4 ލުނބޯ ޖޫސް

ގާނިޝް ކުރުމަށް:

  • މިންޓް ފަތްކޮޅެއް
  • އައިސްކިއުބް
  • ލުނބޯ ފޮތި ތުނިކޮށް ފޮތިކޮށްފައި

ތައްޔާރުކުރާނެގޮތް:

  • މިންޓްފަތާއި ސިރަޕާއި ޝޭކަރއަށް އަޅާފައި ހަލުވާލާށެވެ.
  • އެއްކުރި މިންޓްފަތާއި ސިރަޕްގެ ތެރެއަށް ލުނބޯ ޖޫސް އަދި އައިސް ކިއުބް އަޅާފައި އިތުރަށް ހަލުވާލާށެވެ.
  • ތަށްޓެއް ނަގާފައި ތަށްޓަށް ތައްޔާރު ކުރި ބްލޫބެރީ މޮހީޓޯ އަޅާފައި އޭގެ ތެރެއަށް އައިސްކިއުބާއި ލުނބޯ ފޮތިތަކާއި މިންޓް ފަތް އަޅާފައި މައްޗަށް ސްޕްރައިޓް ފޮދު އަޅާލާށެވެ.

ބްލޫބެރީ މޮހީޓޯ ތައްޓެއް އެހުރީ ތައްޔާރުވެފައެވެ. 

]]>
Mon, 01 Apr 2024 17:04:43 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: އޯޓުކުޅި ބޯކިބާ https://heerasnews.com/2357 https://heerasnews.com/2357 ހީރަސް ސުފުރާ ހިމަނާލަން މިއުޅެނީ އާދައިގެ  ކުޅި ބޯކިބަލެއް ނޫނެވެ. އޯޓްސް ބޭނުން ކޮށްގެން އަޅާ އޯޓުކުޅި ބޯކިބާ އެޅުމަކީ ނިކަން ފަސޭހަކަމެކެވެ.

ބޭނުންވާތަކެތި:

  • 1 ޖޯޑު އޯޓްސް
  • 1 ޖޯޑު ފެނުކައްކާފައިވާ އަލުވި
  • 1 މަސްދަޅު
  • 1/2 ލުނބޯގެ ހުތް
  • 1 ފިޔާ
  • 10 ހިކަނދިފަތް
  • 1/2 ގިތެޔޮމިރުސް
  • 1/4 ސައިސަމްސާ ރީނދޫ
  • 1 ސައިސަމުސާ ޗިސްކޮށްފައިވާ އިނގުރު
  • 1 ލޮނުމެދު (ޗިސްކޮށްފައި)
  • ރަހަލާވަރަށް ލޮނު
  • 1 ސައިސަމްސާ ތެޔޮ

ހަދާނެގޮތް:

  • އޯޓްސް ޕެކެޓުގައިވާ ބުނެފައިވާ ގޮތަށް އޯޓްކޮޅު ތައްޔާރުކޮށްލާށެވެ. ފެންކޮޅަކަށް އަޅާފައި ކުޑައިރުކޮޅަކު ބަހައްޓާލުން ނޫންކަމެއް ކުރާކަށް ވަރަށް މަދުން ނޫނީ ޕެކެޓްގައި ބުނެފައެއް ނޯވެއެވެ.
  • ގިތެޔޮމިރުހާއި ފިޔައާއި ހިކަނދިފަތް ތުނިކޮށް ކޮށާލާށެވެ.
  • ކޮށި ތަކެއްޗާއި އިނގުރާއި، ލޮނުމެދާއި، ލުނބޯ ހުތް ލޮނުކޮޅާއި އެކު ރަނގަޅަށް މޮޑެލާށެވެ.
  • މޮޑެލި ތަކެތީގެ ތެރެއަށް މަސްދަޅާއި، އަލުވި، ރީނދޫ އަދި އޯޓްސްކޮޅު އަޅައި އެއްކުރާށެވެ.
  • ތަވައެއް އުދާށެވެ. ނޮން ސްޓިކް ވައްތަރުގެ ތަވައެއް އޮތީއްޔާ ރަނގަޅީ އެ ބޭނުން ކުރުމެވެ.
  • ތެޔޮކޮޅު ޓިޝޫކޮޅެއް ބޭނުންކޮށްގެން ތަވާގައި ރަނގަޅަށް ހާކާލާށެވެ.
  • އެއްކުރި ސާމާނު ތަވަޔަށް އަޅާލާފައި ރީތިކޮށް ފަތުރާލާ އޮމާންކޮށްލާށެވެ. ބައި އިންޗިއެއްހާ ބޯމިން ހުންނާނެ ވަރަށް ފަތުރާލީމަ ރަނގަޅުވާނެއެވެ.
  • ގިނި ބަހައްޓާނީ މަޑުކޮށެވެ. އަދި ބޯކިބަލުގެ މަތީބައިގެ ތެތްކަން ފިލަންދެން  ފިހުމަށްފަހު ފުށުން ޖަހާށެވެ.
  • ފުށުންޖެހުމުން އަޑީގައި އޮތް ބަޔަށް ރަން މުށިކުލަ އަރަންދެން ފިހާށެވެ.
]]>
Wed, 27 Mar 2024 18:12:55 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: ކަނޑުމަހު މުސަންމާ https://heerasnews.com/2356 https://heerasnews.com/2356 ހީރަސް ސުފުރާ ފަޅުފިލުވާލުމަށް މިފަހަރު ތައްޔާރު ކުރާނީ ކަނޑުމަހު މުސައްމާއެވެ. ކަނޑުމަހު މުސައްމާ ތައްްޔާރު ކުރުމަކީވެސް މާބޮޑު ކަމެއް ނޫނެވެ. ލައިގެން ކެމުމަށް ފިސާރި ފައްކާ އެއްޗެކެވެ.

ބޭނުންވާ ތަކެތި:

  • 300 ގްރާމް ކަނޑުމަސް
  • 10 ހިކި މިރުސް
  • 2 ބޮޑު ފިޔާ
  • 10 ހިކަނދިފަތް
  • 4 މޭޒުމަތީ ސަމުސާ ކޮތަނބިރި (ނުމުގުރާ)
  • ½ 2 މޭޒުމަތީ ސަމުސާ ދަވިއްގަނދު (ނުމުގުރާ)
  • ½ 1 މޭޒުމަތީ ސަމުސާ ދިރި (ނުމުގުރާ)
  • 1 ސައިސަމުސާ އަސޭމިރުސް (ނުމުގުރާ)
  • 4 ކާފޫރުތޮޅި
  • 6 އިންޗީގެ ފޮނިތޮށި (ދެބުރި ކޮށްލާފައި)
  • 2 ލޮނުމެދު
  • ¼ އިންޗީގެ އިނގުރުކޮޅެއް
  • ¼ ސައިސަމުސާ ރީނދޫ
  • 1/3 ޖޯޑު ކަނަމަދު
  • 1/3 ޖޯޑު ހިކި މޭބިސްކަދުރު
  • 12 އިންޗީގެ ރާނބާފަތް (މަސްކޮޅު ބަނުމަށް)
  • 6 އިންޗީގެ ރާނބާފަތް (ރިހަ ކެއްކުމަށް)
  • ½ ޖޯޑު ކާށި ކިރު
  • 9 މޭޒުމަތީ ސަމުސާ ފެން (ހަވާދު ހެދުމަށް)
  • 2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)
  • 5 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ސައިސަމުސާ ލޮނު (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް:

  • ތަވައެއް އުދައި އެ ރަނގަޅަށް ހޫނުކުރާށެވެ. ހޫނުވުމުން އޭގެތެރެއަށް ކޮތަނބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް، އަސޭމިރުސް، ކާފޫރުތޮޅީގެ އޮށް، ފޮނިތޮށި، ލޮނުމެދު އަދި އިނގުރުކޮޅު އަޅާލާށެވެ. ދެން، ކޮތަނބިރިކޮޅަށް ރަންމުށިކުލަ އަރަންދެން ހަނާކުރާށެވެ.
  • ހަނާވުމުން ތަވައިން އެތަކެތި ނަގާ އެއްޗަކަށް އަޅާފައި ހިހޫކުރަން ބަހައްޓާށެވެ. ދެން ހިހޫ ވިމާ ރީނދުލާއި، ½ ސައިސަމުސާ ލޮނާއި، 9 މޭޒުމަތީ ސަމުސާ ފެނާއިއެކު މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑަކަށް ވަންދެނެވެ.
  • ފިޔާ ތުނިކޮށް ކޮށާލާށެވެ.
  • 3 މޭޒުމަތީ ސަމުސާ ތެޔޮ ތަވައަކަށް އަޅައި ހޫނުކުރާށެވެ. ހޫނުވުމުން، ކޮށި ފިޔާކޮޅުގެ ދެބައިކުޅަ އެއްބައި ތެޔޮކޮޅުގެ ތެރެއަށް އަޅާފައި ރަންމުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.
  • ކަނަމަދާއި ހިކި މޭބިސްކަދުރުކޮޅު ތެއްޔަށް އަޅާލާށެވެ. މޭބިސްކަދުރުތައް ފުފި ފިޔާކޮޅު ރަތް ވަންދެން ކައްކާށެވެ. ކެކުނީމައި ބޯތަށްޓަކަށް ނަގާށެވެ. އަދި މިގޮތަށް ނެގުމަށްފަހު މާތެޔޮކޮށް ހުރިހެން ހީވަންޏާ ޓިޝޫކޮޅެއް ބޭނުންކޮށްގެން ތެޔޮކަން ކުޑަކޮށްލެވިވެސް ދާނެއެވެ.
  • ފިޔާތައް އެޅި ބޯތަށީގެ ތެރެއަށް ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު އަޅައި އެއްކޮށްލާފައި ބަހައްޓާށެވެ.
  • ކަނޑުމަސްކޮޅު ފޮތިކޮށްލުން:-
  1. ފުޅާމިނުގައި 2 އިންޗި، ދިގުމިނުގައި 4 އިންޗި ހުންނާނެ ތުނި ފޮތިތަކަކަށް ކަނޑުމަސްކޮޅު ކޮށާލާށެވެ. ބޯމިން ބަހައްޓާނީ އެތެރެއަށް ހަވާދުގަނޑު އަޅާފައި އޮޅާލަން ފަސޭހަވާނެ ވަރަށެވެ. (ކަނޑުމަސްކޮޅު 2 އިންޗީގެ ގޮޅިގޮޅިއަށް ކޮށުމަށްފަހު އޭގެ ތެރެއިން ތޫނު ވަޅިއެއް ވަށާ ހިންގާލައިގެން މަސްކޮޅު ފަތާވެސް ކޮށްލެވިދާނެއެވެ.)
  2. 12 އިންޗީގެ ރާނބާފަތްކޮޅު ހިމަ ދިގު އެތިކޮޅުކޮޅަށް ކޮށާލާށެވެ. މި ރެސިޕީއަށް 12 އިންޗީގެ ދިގުމިން ހުރި 6-8 އެތިކޮޅު ބޭނުންވާނެއެވެ.
  3. ކަނޑުމަސް ފޮއްޗެއް ތަށްޓެއްގައި ބާއްވާ ފަތާކޮށްލާށެވެ. ދެން ފޮތީގެ މެދަށް ކުރިން ކަނަމަދާއި ފިޔައާއި ހަވާދާއި އެއްކޮށްގެން ތައްޔާރުކުރި އެތީގެ ސައިސަމުސަލެއްހާ އެތިކޮޅެއް އަޅާފައި ސަމުސަލުން ކުޑަކޮށް މަސްކޮޅު މަތީގައި އެ ފަތުރާލާށެވެ. ދެން އޮޅާލާފައި ރާނބާފަތް ކޮޅަކުން ބަނދެލާށެވެ. ހުޅުވިދާނެ ހެން ހީވަންޏާ ދަތްކޮށްޓިއެއްވެސް ހަރާލެވިދާނެއެވެ. ހުރިހާ މަސްފޮތި ތަކެއް ހުސްވަންދެން މިހެން ހަދާށެވެ. ހަވާދުކޮޅެއް ބާކީވާނެއެވެ. އެ ދެން ބޭނުން ކުރާނީ ރިހަ ކައްކާއިރުއެވެ.
  • 10. ރިހަ ކެއްކުމުގެ ބައި:-
  1. ފުރަތަމަ 2 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އަޅައި ހޫނު ކުރާށެވެ. ތެޔޮކޮޅު ހޫނުވުމުން ކޮށި ފިޔާކޮޅުގެ ބާކީހުރި ބަޔާއި، 6 އިންޗީގެ ރާނބާ ފަތާއި، ހިކަނދިފަތް ތެއްޔަށް އަޅައި ފިޔާކޮޅު މަޑުވެ ރަންކުލަ އަރަން ފަށަންދެން ކައްކާށެވެ.
  2. މަސް ފޮތިތަކަށް ހަވާދު އަޅައި ނިމުންއިރު ބާކިވެފައި ހުރި ހަވާދު ކޮޅު ތެއްޔަށް އަޅާލާށެވެ. އަދި އެއާއި އެކު ކާށިކިރުކޮޅާއި، 2/3 ޖޯޑު ފެނާއި، ½ ސައިސަމުސަލުގެ ލޮނު ކޮޅެއްވެސް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބޮކިޖަހާ ކެކިގަންނަންދެން ކައްކާލާށެވެ.
  3. ބޮކިޖަހާ ކެކެން ފެށުމުން ގިނި މަޑުކޮށްލާށެވެ. ދެން ރާނބާފަތުން ބަނދެ ތައްޔާރުކުރި މަސްކޮޅުތައް ތެލިތެރޭގައި ރީއްޗަށް އަތުރާލާށެވެ. ދެން ތެލީގެ މަތިޖަހާފައި މަސްކޮޅު ރޯފިލަންދެން ކައްކާށެވެ. ގާތްގަނޑަކަށް 20 ވަރަކަށް މިނެޓް ވާނެއެވެ. ކެކެމުން ދާއިރު އެއްގޮތަކަށްވެސް ދޭފަތުން ނުހަލާށެވެ. ހަލާލަން ބޭނުން ވެއްޖިއްޔާ ތެލި އުފުލާލާފައި ކުޑަކޮށް ތަޅުވާލާށެވެ. އަދި ކޮންމެހެން ހަދާފައިވެސް މަސްކޮޅެއް ފުށުން ޖަހަން ބޭނުންވެއްޖެއްޔާ އެކަން ކުރާނީ ދެ ސައިސަމުސާ ބޭނުން ކޮށްގެން ވަރަށް މަޑު މަޑުންނެވެ. އަދި އެކަންކުރަންވާނީ ކެއްކުމުގެ ވީހާވެސް ފަހުކޮޅުގައެވެ.
]]>
Tue, 26 Mar 2024 20:22:23 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: ގަބުޅި ބޯކިބާ https://heerasnews.com/2349 https://heerasnews.com/2349

ހީރަސް ސުފުރާ މައްޗަށް މިއަދު ނެރޭނީ ގަބުޅި ގަބުޅި ބޯކިބަލެވެ. ގަބުޅި ބޯކިބަލަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ބޯކިބަލެކެވެ.

ބޭނުންވާނޭ ތަކެތި:

  • 2 ޖޯޑު ގަބުޅި
  • 1½ ޖޯޑު ހަކުރު
  • 1 ޖޯޑު ފުއް
  • 2 މޭޒުމަތީ ސަމްސާ ފިނިފެން (ރޯސް ވޯޓާ)
  • 3 މޭޒުމަތީ ސަމްސާ ފެން

ހަދާނެގޮތް:

  • އަވަން  300ޑިގްރީއަށް ހޫނުކޮށްލާށެވެ.
  • ބޯކިބާ ފިހަން ބޭނުންވާ ތަކެތި (ގަބުޅި ، ހަކުރު، ފުއްއަދި ފެންފޮދު) ތައްޓެއްގައި ރަނގަޅަށް އެއްކޮއްލާށެވެ.
  • ބޯކިބާ ފިހާ ޓްރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލާށެވެ.
  • ބޯކިބާގެ ފުއްގަނޑު އެ ޓްރޭއަށް އަޅާލާފަ، ރީއްޗަށް ފަތުރާލާށެވެ.
  • އަވަނުގެ މެދު ހަރުގައި އެ ޓްރޭ ބަހައްޓާފަ، 45 މިނެޓްވަންދެން ފިހެލާށެވެ.
  • ބޯކިބާފިހެވުމުން ބޯކިބަލުގެ މައްޗަށް  މަޑުމުށިކުލަ އަރާނެއެވެ.
  • ބޯކިބާ ފިހެވުމުން އަވަނުން ޓްރޭ ނަގައި މޭޒެއް މަތީ ހިހޫވަންދެން(ދިހަވަރަކަށް މިނެޓު) ބަހައްޓާލާށެވެ.
]]>
Sun, 24 Mar 2024 14:07:54 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: ހުދުކިރިމި ކުކުޅު https://heerasnews.com/2344 https://heerasnews.com/2344 ހީރަސް ސުފުރާ ފަޅުފިލުވާ ލުމަށް މިފަހަރު ހިޔާރު މިކުރަނީ ހުދުކިރިމި ކުކުޅެވެ. ކުކުޅުމަހުން ހަދަ ހާއްސަ ލައިގެންކާ އެއްޗެކެވެ.

ބޭނުންވާތަކެތި:

ކުކުޅު ކޮޅު ގްރިލް ކުރަންބޭނުންވާ ތަކެތި:-

  • 3/1 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1 ޗިކަން ކިއުބް
  • 1 ފަޅި ލުނބޯ
  • 2 މޭޒުމަތީ ސަމުސާ ފިޔާ ހިމުން ހިމުންކޮށް ގާނާފައި ހުރި
  • 1/2 ކިލޯ ކުކުޅު ބޯންލެސް ކޮށާފައި
  • 1 މޭޒުމަތީ ސަމުސާ ގިތެޔޮ މިރުސް ސޯސް
  • 4 ލޮނުމެދު ހިމުންކޮށް ކޮށާފައި
  • ލޮނުކޮޅެއް

ސޯސް ގަނޑު ހެދުމަށް ބޭނުންވާ ތަކެތި:

  • 3 ޖޯޑު ދިޔާ ކިރު
  • 60 ގ. ބަޓަރ
  • 3 މޭޒުމަތީ ސަމުސާ ފުށް
  • 2 ލޮނުމެދު (ހިމުންކޮށް ގާނާފައި ހުރި)
  • 1 ޖޯޑު މަޝްރޫމް (ކޮށާފައި ހުރި)
  • 1/2 ޖޯޑު ޗީޒް (ގާނާފައި ހުރި)
  • ލޮނުކޮޅެއް
  • 2 ޖޯޑު ބައި މިލްކް ގޯލްޑް ކްރީމް (މައްޗަށް އެޅުމަށް)

ތައްޔާރުކުރާނެ ގޮތް:

  • ކުކުޅުކޮޅު ތެއްޔަކަށް އަޅާފައި ކުކުޅުކޮޅު މަޑުކުރަން ބޭނުންވާ ސާމާނުތައް އެއްކޮށްލުމަށްފަހު ކުކުޅު މަސްތަކުގައި ހާކާފައި 15 މިނިޓް ބަހައްޓާށެވެ.
  • ދެން ތަވާ ގައި ބަޓަރުކޮޅެއް ހާކާފައި ކުކުޅު ކޮޅުތައް އަތުރާފައި ފިހެލާށެވެ. ނުވަތަ ގްރިލަރ އެއްގައި ގްރިލްކޮށްލާށެވެ.

ސޯސް ހެދުމަށް:

  • ތަވާ އުނދުން މައްޗަށް އުދާލާށެވެ.
  • ހޫނުވީމާ ބަޓަރކޮޅު އަޅާށެވެ.
  • ދިޔާވަންދެން ދޭފަތުން ހަލަމުންދާށެވެ.

ސޯސްގަނޑު ހެދުމަށް ފަހު:

  • މަޝްރޫމް ކޮޅު ބަޓަރުކޮޅުގައި ހަނާކޮށްލާށެވެ.
  • ލޮނުކޮޅު ވެސް އެއްކޮށްލާށެވެ.
  • ފުށްކޮޅު ކިރުފޮދު ފައި ގިރާފައި އެއްކޮށްލާށެވެ.
  • ޗީޒް ކޮޅު ވެސް އެއްކޮށް އަޅާލާށެވެ.
  • 5 މިނިޓް ވަރު ދޭފަތުން ހަލަމުން މަޑު ގިނީގައި ސޯސްކޮޅު ކައްކާލާށެވެ.
  • ސޯސްގަނޑުގެ ތެރެއަށް ކުކުޅު ކޮޅު ލާފައި 1 މިނިޓް ވަރު މަޑުގިނީގައި ކައްކާފައި ކްރީމް އެއްކޮށްލާށެވެ.
  • ބަހައްޓާނީ ކްރީމީ ކޮންނެވެ.
]]>
Fri, 22 Mar 2024 16:19:15 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: މަސާލާ ސައި https://heerasnews.com/2338 https://heerasnews.com/2338 ހީރަސް ސުފުރާ މިއަދު ހާއްސަ މިކޮށްލަނީ މަސާލާ ސަޔަށެވެ. މަސާލާ ސަޔަކީ ވަރަށް އަނގަޔަށް މީރު ވަރަށް ގިނަ މީހުނަށް ކަމުދާ ސައެކެވެ. 

ބޭނުންވާނެ ތަކެތި:

2 ޖޯޑު ފެން

1 އިންޗި އިނގުރުކޮޅެއް

4 އިންޗި ފޮނިތޮށިކޮޅެއް

12 ކާފޫރުތޮޅި

6 އަސޭމިރުސް ފުށް

3 ކަރަންފޫ

3 ސައިސަމުސާ ސައިފަތް

1 ޖޯޑު ދިޔާކިރު

ހަކުރު

ތައްޔާރުކުރާނެ ގޮތް:

  • ފެނާއި އިނގުރާއި ފޮނިތޮށްޓާއި ކާފޫރުތޮޅިއާއި އަސޭމިރުހާއި ކަރަންފޫ ތެއްޔަކަށް އެޅުމަށްފަހު ބޮކިޖަހަންދެން ކައްކާށެވެ.
  • ދެން އެއަށްފަހު އުނދުނުގެ ގިނި ކުޑަކޮށް މަޑުކޮށްލާފައި 15 މިނެޓެއްހާއިރު ކެކިލަން ބަހައްޓާށެވެ.
  • ދެން އުނދުން މަތިން ތެލި ބާލާފައި ތެލީގެ ތެރެއަށް ސައިފަތްކޮޅު އަޅައި2 މިނިޓެއްހާއިރު ބަހައްޓާށެވެ.
  • އެއަށްފަހު ހަކުރާއި ކިރު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
  • އަނެއްކާވެސް ތެލީގައިހުރި ތަކެތި ކެކިގަންނަންދެން އުނދުން މައްޗަށްލާ ކައްކާލާށެވެ.
]]>
Tue, 19 Mar 2024 15:44:20 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: ކަށިކެޔޮ މިލްކްޝޭކް https://heerasnews.com/2336 https://heerasnews.com/2336 ހީރަސް ސުފުރާ ފަޅުފިލުވާލަން މިއުޅެނީ ކަށިކޭލުގެ ބާވަތަކުންނެވެ. މިފަހަރު ތައްޔާރުކޮށްލަން މިއުޅެނީ ކަށިކެޔޮ މިލްކް ޝޭކެވެ. އަޅެ ރަހަދެކެލަ ބަލާށެވެ.

ބޭނުންވާނެ ތަކެތި:

  • 2 ޖޯޑުގެ ކަށިކެޔޮ (ތުނިކޮށް ކޮށާފައި)
  • ހަކުރު
  • 1/2 ޖޯޑުގެ ދިޔާކިރު
  • އައިސްކިއުބް
  • ވެނީލާ އައިސްކްރީމް

ތައްޔާރުކުރާނެ ގޮތް:

  • ކަށިކެޔޮ ވައް ލިޔެލާށެވެ.
  • ފެންފޮދަކާއި ލިޔެފައިވާ ކަށިކެޔޮ ކޯލުތައް މިކްސަރަކަށް އަޅައި ރަނގަޅަށް ގިރާލާށެވެ.
  • އެއަށްފަހު ފުރޭނިއަކުން ފުރާނާ ލުމަށްފަހު ފުރޭނީގައި ހަރުލާފައިހުރި ބައި އުކާލާށެވެ.
  • ފުރާނާފައިހުރި ކަށިކެޔޮ ފަންޏާއި ހަކުރައި އައިސްކިއުބާއި ކިރާއި އައިސްކްރީމް މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
]]>
Mon, 18 Mar 2024 18:20:18 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: ބަރަބޯ ބީފާނު https://heerasnews.com/2332 https://heerasnews.com/2332 ހީރަސް ސުފުރާގައި މިފަހަރު ތައްޔާރު މިކޮށްލަނި ބަރަބޯ ބީފާނެވެ. ސައިޑް ޑިސްއަކަށް މިވަރު އެއްޗެއް މަދުވާނެއެވެ.

ބޭނުންވާ ތަކެތި:

2 ބަޓާނާ މެދުސަިޒްގެ ދޮވެ ގާނާފައި ހުރި

2 ދަޅު ބައި ގެރިކިރު

1 ޖޯޑު ވަރަށް ހިމުންކޮށްފުނޑާލާފައި ހުރި ހަނޑޫ

1 ޖޯޑު ހިމުންކޮށް ފުނޑާފައި ހުރި ގަބުޅި ހުނި

4 ޖޯޑު ފެން

1 ޖޯޑު ހުންނަހާ ކަނަމަދު ބޭރުމަށާ ފަޅި ފަޅުކޮށްފައި ހުރި

1 މޭޭޒުމަތީ ސަމުސާ ފިނިފެން

1 ޖޯޑު މާފެން

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ފެން ފޮދެއްގައި އަޅާފައި އުނދުން މައްޗަށް އުދާލާށެވެ. ފެން ކެކިގަތުމުން ބަރަބޯކޮޅު އަޅާލާށެވެ. (ފެން އަޅާނީ ބަރަބޯކޮޅު ކިރިޔާ މަޑުވާ ވަރަށް ) ޗަސްނުވާ ވަރަށް ބަރަބޯކޮޅު މަޑު ކޮށްފައި ފެން ފޮދެއް ހުރިއްޔާ ފުރާނާލާށެވެ. ފެނުގައި ހަނޑޫ ފުށް ގިރާފައި ގަބުޅި ހުންޏާއި، ކަނަމަދު އެއްކޮށް ފައި ކައްކަން އުދާލާށެވެ. މާފެން ވެސް އެއްކޮށްލާށެވެ. ރޯފިލުމުން ގެރިކިރާއި، ފިނިފެން އެއްކޮށްފައި އުނދުން މަތިން ބާލާށެވެ. ފިނިކޮށްގެންވެސް ވަރަށް މީރުވާނެއެވެ.

]]>
Sun, 17 Mar 2024 15:44:31 +0500 އެޑިޓަރ
ހީރަސް ސުފުރާ: ކަދުރުޕާން https://heerasnews.com/2331 https://heerasnews.com/2331

ހީރަސް ސުފުރާ މިފަހަރު ހާއްސަކޮށްލާނީ ކަދުރުޕާނަށެވެ. ކަދުރުޕާނަކީ ވެސް އަގަޔަށް މީރު ފައިދާ ހުރި ކާނާއެކެވެ.

ބޭނުންވާ ތަކެތި:

  • ޖޯޑް ކަދުރު
  • 2 ބިސް
  • 1/2 ސައިސަމުސާ ބޭކިންގް ސޮޑާ
  • 1/2 ސައިސަމުސާ ވެނީލާ އެސެންސް
  • 3 ސަމުސާ ބަޓަރު
  • 3 ސަމުސާ ބްރައުން ޝުގަރ
  • 1 ޖޯޑު ފުށް
  • 1 ޖޯޑު ހޫނުފެން

ތައްޔާރު ކުރާނެގޮތް:

  • ބޯތައްޓެއްގެ ތެރޭގައި ފެނާއި، ކަދުރާއި ބޭކިންގް ސޮޑާ އެއްކުރުމަށްފަހު 30 މިނެޓް ވަންދެން ބަހައްޓާލާށެވެ.
  • ކަދުރު ތަކުގެ އޮށްތައް ނެގުމަށްފަހު އަތުން ނުވަތަ ސަމްސަލަކުން ރަނގަޅަށް ޕޭސްޓް ގަނޑަކަށް ވަންދެން ކަދުރުތައް ޗަސްކޮށްލާށެވެ.
  • އެއަށްފަހު ހަކުރާއި ބަޓަރު މިކްސް ކޮށްލާށެވެ.
  • މިކްސް ވުމުން އެއަށް ބިހާއި، ފުށާއި، ވެނީލާ އެސެންސް އަދި ޗަސްކުރި ކަދުރުކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ބުނެވި ދިޔަގޮތަށް ތައްޔާރުވުމުން ޓްރޭއަކަށް ފުށްގަނޑު ލާށެވެ. ޓްރޭ ހުންނަންވާނީ ފުށްގަނޑު ތަތްނުލަވާގޮތަށް ބޭކިން ޕޭޕާ އަޅާފައެވެ. 200 ޑިގްރީގައި 30-25 މިނެޓް ވަންދެން ފިހެލާށެވެ.

]]>
Sat, 16 Mar 2024 17:59:57 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: ކެރެޓްކްރީމް ހަލުވާ https://heerasnews.com/2327 https://heerasnews.com/2327 ހީރަސް ސުފުރާ މިފަހަރު ހާއްސަ ކޮށްލާނީ ކެރެޓްކްރީމް ހަލުވާއަށެވެ. މި ހަލުވާއަކީ ކެއުމުގެ ހަވާސާގައި ބޭނުން ކޮށްލަން ނިކަން ފައްކާ އެހާމެ މީރު އެއްޗެކެވެ. ތަޖުރިބާ ކޮށްލަމާ ހިނގާށެވެ.

ބޭނުންވާ ތަކެތި:

  • 8 ޖޯޑު ކެރެޓް ( ގާނާ، އާވިން ކައްކާ ވަރަށް ބޮޑަށް މަޑުކޮށްފައި)
  • 2/1 ޖޯޑް ޒުވާރިފުށް
  • 2 ދަޅު ގެރިކިރު
  • 2/1 ޖޯޑު ހަކުރު
  • 4 ޖޯޑު ދިޔާކިރު
  • 2 ޖޯޑު ނެސްލޭ ކްރީމް
  • 2/1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

  • ތެއްޔެއް އުނދުން މައްޗަށް އުދާލާށެވެ.
  • ހަކުރުކޮޅު ތެލީ ތެރެއަށް އަޅާލާށެވެ.
  • މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ގޮސް ހަކުރުކޮޅު ހިތި ރަހަ ނުދޭވަރަށް ބްރައުން ކޮށްލާށެވެ.
  • އޭގެފަހުން ކެރެޓްކޮޅު އަޅާފައި ދޭފަތުން ހަލަމުން މަޑު ގިނީގައި ކައްކާލާށެވެ.
  • ކެރެޓްކޮޅުގައި ހަކުރު ހިފާ ރަނގަޅަށް އެއްވަންދެން މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކައްކާށެވެ.
  • ޒުވާރިފުށްކޮޅު އޮލަކޮށް ފެންފޮދެއްގައި ގިރާފައި ކިރުފޮދު ވެސް އެއްކޮށް ތެއްޔަށް އަޅައިގެން ދޭފަތުން ހަލަމުން ކައްކާށެވެ.
  • ޒުވާރިފުށްކޮޅު ރޯފިލުމުން ގެރިކިރާއި އެސްންސް ވެސް އޭގެތެރެއަށް އެއްކޮށްލާށެވެ.
  • އެންމެފަހުން ކްރީމް އެއްކޮށްފައި އުނދުން މަތިން ތެލި ބާލާށެވެ.

އެހުރީ ވަރަށް މީރުކޮށް ކެރެޓްކްރީމް ހަލުވާ ތައްޔާރުވެފައެވެ. އަވަހަށް ތަށްޓަށް އަޅާލާ ސުފުރާ މައްޗަށް ނެރޭށެވެ. ފިނިކޮށްގެން ވެސް ވަރަށް މީރުވާނެއެވެ.

]]>
Fri, 15 Mar 2024 16:23:44 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: މުރަނގަފަތު ރިހަ https://heerasnews.com/2324 https://heerasnews.com/2324 ހީރަސް ސުފުރާއަށް މިއަދު ނެރެދޭނީ މުރަނގަފަތު ރިހައެވެ. މުރަނގަފަތަކީ ދިވެހިން ވަރަށް ދަންނަ، އާއްމު ފަތެކެވެ. އެހާ އާއްމު ފަތަކަށް ވާއިރު މިއީ އެހާމެ ގިނަގުނަ ފައިދާތަކެއް އޭގައި އެކުލެވޭ ފަތެކެވެ. މުރަނގަފަތު ރިހައަކީ ދިވެހިންގެ ތެރޭގައި ކައްކާއުޅޭ އަގަޔަށް މީރު ހަށިގަނޑަށް ފައިދާހުރި ރިހައެކެވެ. ކޯނިން ފަތް ފިލުވުމަކީ ކޮންމެވެސް ވަރަކަށް ވަގުތު ނަގާ ކަމަކަށްވާތީ ކިތަންމެ މީރަސް މުރަނގަފަތު ރިހަ ކައްކާ އުޅޭލެއް މަދެވެ. 

މުރަނގަފަތު ރިހައަށް ހަވާދު ގަނޑު ތައްޔާރު ކުރުން: 

ބޭނުންވާ ތަކެތި:

  • ½ ޖޯޑު ހުނި
  • 2 ½ މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި
  • 2 ½ މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ދިރި
  • 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު
  • 3 ހިކި މިރުސް (ކުޅިރަހަ ހެޔޮވަރު ވާވަރަށް)
  • ½ ފިޔާ
  • 3 ލޮނުމެދު
  • ½ އިންޗީގެ އިނގުރު ކޮޅެއް
  • 6 ކާފޫރު ތޮޅި
  • ½ އިންޗީގެ ފޮނިތޮށި ކޮޅެއް
  • 6 ހިކަނދިފަތް
  • ½ އިންޗީގެ ރާނބާ ފަތްކޮޅެއް
  • ½ ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް
  • ¼ ސައިސަމުސާ ރީނދޫ
  • 8 މޭޒުމަތީ ސަމުސާ ފެން

ހަދާނެ ގޮތް:

  •  ފިޔާކޮޅު ކޮށާލާށެވެ. ކޮންމެވެސް ވަރަކަށް ބޮޑެތިކޮށް ހުއްޓަސް ރަނގަޅުވާނެއެވެ.
  • ތަވައެއް އުދައި ރަނގަޅަށް އެ ހޫނު ކުރުމަށްފަހު ހަވާދަށް ބޭނުންވާ ތަކެތީގެ ތެރެއިން ރީނދުލާއި ފެން ފިޔަވައި އެހެން ހުރިހާ އެއްޗެއް ތަވައަށް އަޅާލާށެވެ.
  • ތަންކޮޅެއް މަޑުކޮށް ގިނި ބަހައްޓައިގެން ހުނި ކޮޅަށް ރަން މުށިކުލަ އަރަން ފަށަންދެން ހަނާކުރާށެވެ.
  • ދެން އޭގެ ތެރެއަށް ރީނދޫކޮޅު އަޅާލުމަށްފަހު އަނެއްކާވެސް މިނެޓެއް ވަރު ކައްކާލާށެވެ.
  • އުނދުން މަތިން ބޭލުމަށްފަހު ހަނާކުރި ތަކެތި ހިހޫވެލަން ދޭށެވެ.
  • ހިހޫ ވުމުން، މިކްސަރު ބޭނުން ކޮށްގެން ހަނާކުރި ތަކެއްޗާއި ފެންފޮދު އެއްކޮށްގެން ޕޭސްޓްގަނޑެއް ހަދާށެވެ.

ރިހަގަނޑު ތައްޔާރު ކުރުން:

ބޭނުންވާ ތަކެތި:

  • 2 ޖޯޑު މުރަނގަފަތް (ތަނޑިތައް ނުލައި)
  • 2/3 ޖޯޑު ވަޅޯމަސް (ކުދިކޮށް ކޮށާފައި)
  • ½ ފިޔާ
  • 2 ލޮނުމެދު
  • 3 ހިކަނދިފަތް
  • 3 އިންޗީގެ ރާނބާފަތް ކޮޅެއް
  • 1 ½ ޖޯޑު ބޯކިރު
  • 1 މޭޒުމަތީ ސަމުސާ ތެޔޮ
  • ¼ ގިތެޔޮ މިރުސް (ކުޅިރަހަ ހެޔޮވާރު ވާވަރަށް )
  • ½ ސައިސަމުސާ ލޮނު (ލޮނުރަހަ ހެޔޮވަރު ވާވަރަށް)
  • 2 ޖޯޑު ފެން

ހަދާނެގޮތް:

  • އުނދުން މައްޗަށް ތެއްޔެއް އުދުމަށްފަހު އޭގެ ތެރެއަށް ފެންފޮދު އަޅާލާށެވެ. ފެންގަނޑު ބޮކިޖަހާ ކެކެން ފެށީމައި ދެން މުރަނގަ ފަތް ކޮޅު އަޅާނީއެވެ.
  • ގިނި މަޑުކޮށްލާފައި ތެލީގައި މަތިޖަހައިގެން 5 މިނެޓު ވަރު ވަންދެން މުރަނގަ ފަތްކޮޅު ކައްކާށެވެ.
  • ދެން ފަތްކޮޅު ފުރާނާލުމަށް ފަހު އެއްޗަކަށް އަޅާފައި ބަހައްޓާށެވެ.
  • ފިޔައާއި ލޮނުމެދު ތުނިކޮށް ކޮށާށެވެ.
  • ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނު ކުރުމަށް ފަހު ތެޔޮ ކޮޅުގެ ތެރެއަށް ފިޔާކޮޅާއި، ރާނބާފަތާއި، ގިތެޔޮ މިރުހާއި ހިކަނދިފަތްކޮޅު އަޅާލުމަށްފަހު ފިޔާކޮޅަށް ރަން މުށި ކުލަ އަރަން ފަށަންދެން މީރު ކުރާށެވެ. ދެން ލޮނުމެދު ކޮޅު އެޅުމަށްފަހު ތިރީހަކަށް ސިކުންތު އިތުރަށް ކައްކާލާށެވެ.
  • ދެން ކުރިން ތައްޔާރުކުރި ހަވާދު ގަނޑާއި ބޯކިރުކޮޅާއި ވަޅޯމަސްކޮޅު ތެއްޔަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
  • ތެލީގައި މަތިޖެހުމަށްފަހު ބޮކި ޖަހަން ފަށަންދެން ކެކިލަން ބައިންދާށެވެ. ބޮކިޖަހަން ފެށީމައި މުރަނގަފަތްކޮޅާއި ލޮނު ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ.
  • ތެލީގައި މަތި ޖަހައިގެން މަޑު ގިނީގައި 3- 4 މިނެޓުވަންދެން ކައްކާލާށެވެ.

ކައްކާ މިލެވުނީ ދެތިން މީހަކަށް ފުދޭވަރުގެ މުރަނގަފަތު ރިހަ ތެއްޔެކެވެ. އަވަހަށް ސުފުރާ މައްޗަށް ނަގާށެވެ.

]]>
Thu, 14 Mar 2024 14:05:51 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: ކަދުރުކޭކު https://heerasnews.com/2320 https://heerasnews.com/2320 ހީރަސް ސުފުރާ މައްޗަށް މިއަދު ނެރެން މިއުޅެނީ ކަދުރު ކޭކެވެ. ކަދުރަކީ ސިއްހަތަށް ނުލާހިކު ފައިދާ ބޮޑު އަނގަޔަށް މީރު އެއްޗެކެވެ. ހުހަށް ކާލުމުގެ އިތުރަށް ކަދުރުން ވަރަށް ގިނަބާވަތްތަކުގެ ކޯބޯތަކެތި ތައްޔާރުކޮށް އުޅެއެވެ. ކަދުރު ކޭކަކީ އެގޮތުން ވަރަށް ހާއްސަ ބާވަތެކެވެ.

ކަދުރު ކޭކް ތައްޔާރު ކުރަން ބޭނުންވަނީ:

1 ޖޯޑު ކަދުރު ( ކޮށާފައި )

1 ޖޯޑު ކަދުރު ( ހިމުންކޮށް ފުޑާފައި )

150ގ. ހަކުރު

250ގ. ފުށް

175 ގ. ބަޓަރ

2 ސައިސަމްސާ ބޭކިންޕައުޑަރ

1 މަތިގަނޑު ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ފުށާއި ބޭކިންޕައުޑަރ ފުރާނާލާށެވެ.

ބިހާއި ހަކުރު ރަނގަޅަށް ވިރެންދެން ގިރާފައި ބަޓަރާ އެއްކޮށް އޮމާންވަނދެން ގިރަލާށެވެ.

ފުރާނާލި ފުށްކޮލާއި ބޭކިންޕައުޑަރ އެއްކޮށް ލާށެވެ.

ގިރާ އެއްކުރި ބިހާއި ބަޓަރުގެ ތެރެއަށް ފުރޭނި ހަކުރުކޮޅާއި ބޭކިންޕައުޑަރކޮޅު އެއްކޮށްލާ ރަނގަޅަށް އޮލަވެ ގިރާލާށެވެ. ރަނގަޅަށް އެއްކޮށް ގިރާލެވުނީމާ ހިމުންކޮށް ފުޑާފާއި ހުރި ކަދުރު ކޮށާފައި ހުރި ކަދުރުކޮޅު ވެސް ހެދިފުށްގަޑާ ރަނގަޅަށް އެއްކޮށްލާ ރަހަލާވަރަށް އެސެންސް ވެސް އެއްކޮށް ގިރާލާށެވެ. 

ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލެވުމުން ޓްރޭގައި ބަޓަރު ހާކާފައި ތްރޭތެރެއަށް ފުށްގަނޑު އަޅާފައި މަޑު ގިނީގައި ފިހެލާށެވެ.

]]>
Wed, 13 Mar 2024 13:54:56 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: އަންނާރުފަނި https://heerasnews.com/2317 https://heerasnews.com/2317 ހީރަސް ސުފުރާއަށް މިފަހަރު ގެނެސް ދޭނީ އަންނާރު ފަންޏެވެ. ރޯދަ ވީއްލާ ސުފުރާ މައްޗަށް ފިސާރި ކަމުދާ މީރު ފައިދާހުރި ބުއިމެއް ކަމުގައި އަންނާރުފަނީ ވާނެއެވެ.

ބޭނުންވާތަކެތި:

1 ޖޯޑު އަންނާރުއޮށް

2 މޭޒުމަތީސަމުސާ ހަކުރު

¼ މޭޒުމަތީސަމުސާ ލޮނު

1 ޖޯޑު ފެން

އައިސްކިއުބް

މިންޓް ލީފް

ލުނބޯ

ތައްޔާރުކުރާނެ ގޮތް

އަންނާރާއި ފެނާއި ހަކުރާއި ލޮނު އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ހިމުންކޮށްލާށެވެ. އޭގެފަހުން ފުރާނާލާށެވެ. 

ބިއްލޫރި ތައްޓަކަށް ދެތިން މިންޓް ލީފާއި ލުނބޯފޮއްޗަކާއި އައިސްކިއުބް އެޅުމަށް ފަހު ތައްޔާރުކުރި އަންނާރު ޖޫސް ފޮދު އެތަށީގެ ތެރެއަށް އަޅާލާށެވެ. މިހާރު އެހުރީ އަންނާރުފަނި އެންމެ ރަނގަޅަށް ގިރިފައެވެ.

ރޯދަ ވީއްލުމުގެ ސުފުރާ މައްޗަށް ނެރުމަށް ވަކިން ފައިދާބޮޑު ވަކިން މީރު ފަންޏެއް ހަމަ މަދުވާނެއެވެ.

]]>
Tue, 12 Mar 2024 16:27:08 +0500 ހީރަސްނިއުސް
ހީރަސް ސުފުރާ: ހުތް ކުކުޅު https://heerasnews.com/2314 https://heerasnews.com/2314 ހީރަސް ސުފުރާއަށް މިފަހަރު ގެނެސް ދޭނީ ހުތް ކުކުޅު ނުވަތަ ލެމަން ޗިކަން ހަދާނެ ގޮތެވެ. ރޯދަ ވީއްލާ ސުފުރާ މައްޗަށް ކަމުދާ މީރު ކެއުމަކަށް ހުތް ކުކުޅު ވެގެންދާނެއެވެ.

ބޭނުންވާ ތަކެތި: 

½ ކިލޯ ކުކުޅު މަސް

2 ލުނބޯ

3 ލޮނުމެދު

¼ ޖޯޑު ކޮރިއެންޑަރ ފަތް

1 ސައި ސަމުސާ ދިރި (ހިމުންކޮށްފަ)

½ ސައި ސަމުސާ ތެޅިމިރުސް

1 ސައި ސަމުސާ ލޮނު

½ ސައި ސަމުސާ އަސޭމިރުސް

3 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް

1 މޭޒުމަތީ ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް:  

ކޮރިއެންޑަރފަތް ކޮޅު ކުދިކޮށް ކޮށާފަ ތައްޓަކަށް އަޅާށެވެ. ލުނބޮއެއްގެ ތޮށި ގޭނާލުމަށް ފަހު އޭގެތެރެއަށް އަޅާށެވެ. އަދި ލުނބޯހުތް ވެސް އަޅާށެވެ. ލޮނުމެދުވެސް ގާނާފަ އަޅާށެވެ. އޮލިވްއޮއިލް، ދިރި، ތެޅިމިރުސް، ލޮނު، އަސޭމިރުސް، މާމުއި އަޅާފަ މިހުރިހާ ބާވަތެއް އެއްކޮށްލާށެވެ.

ބުނެވި ދިޔަގޮތަށް އެއްކޮށް ލައިގެން ހެދުނު ހަވާދުގަނޑު ކުކުޅުމަސްކޮޅުގަ ރަނގަޅަށް ހާކާލުމަށްފަހު 30 މިނިޓަށް އައިސްއަލަމާރީގައި ބަހައްޓާށެވެ.

ތަވައަށް ތެޔޮފޮދެއް އެޅުމަށްފަހު ހޫނުވުމުން މަޑުގިނީގައި ކުކުޅުމަހުގެ ކުލައަށް ބަދަލުއަންނަ ވަރަށް ތެލުލާށެވެ. އެއަށްފަހު އަވަނުގައި 15 ވަރަކަށް މިނިޓަށް ކުކުޅުމަސްކޮޅު ފިހެލާށެވެ.  

ރަނގަޅަށް ފިހެލެވުމުން ގާރނިޝް ކޮށްލުމަށް ފަހު ސުފުރާ މައްޗަށް ނަގާށެވެ.

]]>
Mon, 11 Mar 2024 16:50:08 +0500 ހީރަސްނިއުސް
ހީރަސް ރެސިޕީ: ދޮންރިހަ https://heerasnews.com/1394 https://heerasnews.com/1394

ބޭނުންވާ ތަކެތި

4 ޖޯޑު ފެން

3/1 މޭޒުމަތީ ސަމުސާ ރީނދޫ

3 ބިލަމަގު / 1 އަނބު (ކޮށާފަ)

1 ޖޯޑު ކާށި ހުނި

2 މޭޒުމަތީ ސަމުސާ ދިރި

2 މޭޒުމަތީ ސަމުސާ ދަވިއްގަނދު

ހިކަނދިފަތް

ރާނބާ ފަތް

500 ގ މަސް (ކުދިކޮށް ކޮށާފަ)

2 ފިޔާ (ކޮށާފަ)

1 ގިތެޔޮ މިރުސް (ކޮށާފަ)

4 ލޮނުމިދު (ގާނާފަ)

1 ސައި ސަމުސާ އިނގުރު (ގާނާފަ)

3 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް

1 ޖޯޑު ކާށި ކިރު (ބޯކިރު)

ތައްޔާރު ކުރާނެ ގޮތް

ކާށި ހުނި ކޮޅާއި އެކު، ފިޔާ، ލޮނުމިދު އަދި ހިކަނދިފަތް ކޮޅުގެ 2/1، އަދި ދިރި، ދަވިއްގަނދު، އިނގުރު، ރީނދޫ ބްލެންޑަރުން ރަގަޅަށް ހިމުން ވަންދެން ގިރާލާށެވެ. ތެޔޮކޮޅު ތެއްޔެއްގައި ހޫނުކުރުމަށްފަހު، ބާކީ ހުރި ފިޔާ، ހިކަނދިފަތް، ލޮނު އަދި ލޮނުމިދުކޮޅު އެޅުމަށްފަހު ރަނގަޅަށް މިލުވާލާށެވެ. މިރުސް އަދި ރާނބާފަތް މީގެ ތެރެއަށް އަޅާ ހަލާލުމަށްފަހު، މަސް އަޅާ ރޯފިލުވާ ލާށެވެ. ދެން ބްލެންޑް ކޮށްފައިހުރި ޕޭސްޓް ކޮޅު މީގެ ތެރެއަށް އަޅާލާށެވެ. ފެން، އަދި ބިލަމަގު ކޮޅުވެސް އެއްކޮށް ލައިގެން ރަނގަޅަށް ކައްކާލާށެވެ. ކެކެން ފެށުމުން ބޯކިރު ފޮދު އަޅަލާ، މަތި ޖަހައިގެން އިރޮކޮޅަކު ކެއްކުމަށްފަހު ލޮނު ހެޔޮވަރުކޮށް ނިންމާލާށެވެ.

]]>
Wed, 17 May 2023 11:46:24 +0500 ހީރަސްނިއުސް
ޗޮއިސް ބުރޭންޑު ގެރިކިރު އާސްޓޮކެއް އެސްޓީއޯއަށް ލިބިއްޖެ! https://heerasnews.com/1254 https://heerasnews.com/1254 ދިވެހިންގެ ތެރޭގައި ތަފާތު ވައްތަރު ތަކުގެ ފޮނިކާ އެއްޗެހި ތަޔާރު ކުރުމަކީ ވަރަށް ކުރިއްސުރެން ހިނގަމުން އަންނަ އާދައެކެވެ. ޒަމާނާއެކު ތައްޔާރު ކުރާ ބާވަތްތައް ވެސް ވަނީ ގިނަވެ އިތުރު ވެފައެވެ. ނަމަވެސް ދިވެހިން ހަދާ ބައެއް ބާވަތުގެ ފޮނިކާ ތަކެއްޗަކީ ދުވަހަކު ވެސް ސުފުރާމަތިން ގެއްލިގެން ނުދާނެ އެއްޗިއްސެވެ. ހާއްސަކޮށް ރަމަޟާންމަހު ގޭ ސުފުރާ މަތިން ގިނަ ގޭގޭގައި ކޮންމެ ދުވަހަކު އެ އެއްޗެއް ނެތްނަމަ ސުފުރާމަތި ފުރިހަމަ ނުވާ ތަކެތިވެސް ހުރެ އެވެ. އެގޮތުން  ރޯސް ޕާން، ކެރަމަލް ފޮޅި، ގެރުކިރު ބޯކިބާ އަދި ޕްޑިން ފަދަ  ފޮނިކާ ތަކެތި ހިމެނެ އެވެ.

މިއީ ދިވެހިންގެ ތެރޭގައި ވަރަށް މަސްހޫރު އެއްޗެސެވެ. ނަމަވެސް މީގެން ކޮންމެ އެއްޗެއް ތައްޔާރު ކޮއްލަން ބޭނުންވިޔަސް ބޭނުން ވާނެ އެންމެ މުހިންމު އެއްޗަކީ މީރު ގެރިކިރެވެ.

ރާއްޖޭގައި އެކި ބުރޭންޑުތަކުގެ ގެރިކިރު ހުރި ކަމުގައި ވިޔަސް ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ބުރޭންޑަކީ ޗޮއިސް ގެރިކިރެވެ.

ދިވެހިންގެ އިތުބާރު ލިބިފައިވާ ޗޮއިސް ބުރޭންޑުގެ ގެރިކިރުގެ އާ ސްޓޮކެއް ވަނީ މިހާރު އެސްޓީއޯއަށް ލިބިފައެވެ. ޗޮއިސް ބްރޭންޑުގެ ގެރިކިރުގެ އިތުރުން ޗޮއިސް ބުރޭންޑުގެ ކުކިންއޮއިލް އާއި ބާސްމަތީރައިސް ވެސް އެސްޓީއޯއިން މިހާރު ލިބެން އެބަހުއްޓެވެ.

]]>
Wed, 19 Apr 2023 02:52:16 +0500 އުރޫ
ހީރަސް ރެސިޕީ: ކްރަމްޕީ ކުކީސް https://heerasnews.com/1172 https://heerasnews.com/1172 ރޯދަމަހަށް ހާއްސަކޮށްގެން ގެނެސްދޭ ހީރަސް ރެސިޕީ އަޖުމަ ބައްލަވާ ލައްވާށެވެ. ފުރަތަމަ ގެނެސް މިދެނީ ކްރަމްޕީ ކުކީސް ރެސިޕީއެވެ. ކުކީ ގިނަ މީހުނަށް މީރު ވަނީ އެތެރެ މަޑުކޮށް އަދި ކުޑަކޮށް ތެތްކޮށް ހުރީމައެވެ. މިފަހަރު ތައްޔާރު ކޮށްލާނީ އެ ކަހަލަ ކުކީސް ތަކެކެވެ. ކުކީތައް ތައްޔާރު ކުރަން ބޭނުން ވަނީ ވަރަށް މަދު އެއްޗެކެވެ. އެހާމެ ކުޑަ ވަގުތު ކޮޅެކެވެ.

ކުކީތައް ތައްޔާރު ކުރާނީ ޗޮކްލެޓް ސްޕްރެޑެއް ކަމުގައިވާ ކްރަމްޕީންނެވެ. އަޑުއޯ އާއި ހޭޒަލްނަޓް އަދި ޑާކް ޗޮކްލެޓް ވެސް ކަރަމްޕީ ކުކީސް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެއެވެ. މި ފަހަރު ޑާކް ޗޮކްލެޓްގައި ކުކީސް ތައްޔަރު ކޮށްލަމާ ހެއްޔެވެ. ގެނެސްދެވޭ ވަޒަން ހަމަ ރެސިޕީން ތައްޔާރު ކުރެވޭނީ 08 (އަށެއް) ކޫކީއެވެ.

 ބޭނުންވާ ތަކެތި: 

  • ¾ ޖޯޑު ކްރަމްޕީ ޑާކް ޗޮކްލެޓް ސްޕްރެޑް
  • 1 ބިސް
  • ¾ ޖޯޑު ފުށް
  • ¼ ސައިސަމުސާ ލޮނު
  • 10 ތުނިކޮށް ކޮށާފައިވާ އާމަންޑް (ބޭނުން ނަމަ ނޭޅިއަސް ރަނގަޅުވާނެ)

ހަދާނެ ގޮތް:

  • ބޮޑު ބޯތަށްޓަކަށް ކްރަމްޕީ ޑާކް ޗޮކްލެޓް ސްޕްރެޑްއާއި ބިސް އަޅާފައި ސަމުސަލެއް ބޭނުން ކޮށްގެން ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.
  • ދެން އެ ބޯތަށީގެ ތެރެއަށް ފުށާއި ލޮނު ފުރާނާލާފައި އަނެއްކާވެސް ރަނގަޅަށް އެއްވަންދެން ގިރާށެވެ.
  • އާމަންޑް ބޭނުން ކުރާނަމަ އާމަންޑްކޮޅުގެ 2/3 ބޯތަށީގެ ތެރެއަށް އަޅާ އަނެއްކާވެސް ރަނގަޅަށް އެއްކުރާށެވެ.
  • ދެން ބޯތަށި ފްރިޖަށްލާފައި 30 މިނިޓު ބަހައްޓާށެވެ.
  • ކުކީތައް ފިހަން ބޭނުން ކުރާނެ ތަބަކުގެ ފުލުގައި ބޭކިންގް ކަރުދާސް އަޅާފައި އެހަށް ބަހައްޓާށެވެ. އަހަރުމެން ބޭނުން ކުރީ 8 އިންޗި 12 އިންޗީގެ ތަބަކެކެވެ.
  • 30 މިނިޓު ހަމަވުމުން ބޯތަށި ފްރިޖުން ނަގާފައި އޭގައި ހުރި ސާމާނު އެއްވަރުގެ 8 ބަޔަށް ބަހާލާށެވެ.   
  • ކޮންމެ ބަޔަކުން ގުޅަވަށާފައި ދެ އަތްތިލަ ދޭތެރޭލާ ފިއްތާލައިގެން ފަތާކޮށްލާފައި ތައްޔާރުކުރި ތަބަކުގައި އަތުރާށެވެ. ފަތާކޮށްލީމައި އެތިކޮޅެއްގެ ޑަޔަމީޓަރުގައި ހުންނާނީ 2 އިންޗި ވަރެވެ. ތަބަކުގައި އަތުރާއިރު ދެ އެތިކޮޅު ދޭތެރޭގައި އިންޗިއެއް ހާތަން ދޫކުރަން ވާނެއެވެ. މި ގޮތަށް އެތުރީމައި އެހެރީ ކޫކީތައް ފިހަން ތައްޔާރު ކުރެވިފައެވެ.
  • އާމަންޑް ބޭނުން ކުރާނަމަ ބާކީ ހުރި އެތިކޮޅު، ތަބަކުގައި އަތުރާފައި ހުރި ކޫކީ ތަކުގެ މައްޗަށް އަޅާފައި ކުކީ ތަކުގެ ތެރެއަށް އެ ވަންނާނެ ގޮތަށް ކުޑަކޮށް އޮއްބާލާށެވެ.
  • ދެން 170 ޑިގްރީސް ސެލްސިއަސްގައި ހޫނުކުރަން އަވަން 10 މިނިޓަށް ޖައްސާފައި ފްރިޖްގެ ގަނޑުކުރާ ބަޔަށް ކުކީތައް އަތުރާފައި ހުރި ތަބައް ލާށެވެ.
  • އަވަން ހޫނުކޮށް ނިމުނީމައި ގަނޑުކުރާ ބައިން ތަބައް ނަގާފައި އަވަނުގެ މެދު ރެކުގައި ބައިންދާށެވެ. ދެން 170 ޑިގްރީސް ސެލްސިއަސްގައި 12 މިނިޓުވަންދެން ނޫނީ ކުކީތަކުގެ އަރިމަތި ކުޑަކޮށް ހަރުވެލާ މަތި ކުޑަކޮށް ފަޅައިގެން ދަންދެން ފިހާށެވެ.
  • ކުކީތައް ފިހެވުނީމައި ތަބައް އަވަނުން ނަގާފައި ކުކީތައް ތަބަކުގައި ބަހައްޓައިގެން ހިހޫ ކުރާށެވެ. އަވަނުން ނަގާއިރު ކުކީތައް ހުންނާނީ ވަރަށް މަޑުކޮށެވެ. ހިހޫ ވާވަރަކަށް ދާނީ ހަރުވަމުންނެވެ.
]]>
Sat, 25 Mar 2023 23:37:28 +0500 ހީރަސް