Maldives Real Time Facts & : ބަރުލަމާނީވެށި https://heerasnews.com/rss/category/ބަރުލަމާނީ-62 Maldives Real Time Facts & : ބަރުލަމާނީވެށި dv ކޮޕީރައިޓް: Heerasnews llp (P013622021) ފައިސާއާއި ނުފޫޒުގާ ނުޖެހި އެމްޑީޕީއަށް އެތައްހާސް ވޯޓެއް! https://heerasnews.com/2421 https://heerasnews.com/2421 ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އޮތް ބޮޑު މެޖޯރިޓީ ގެއްލުމަކީ އެމްޑީޕީ ނެތި ދިއުމެއް ނޫނެވެ. އެމްޑީޕީގެ ސިޔާސީ ހަކަތަ ހުސްވުމެއްވެސް ނޫނެވެ. އެމްޑީޕީ ރޫޅުމެއްވެސް ނޫނެވެ.

ނިމިދިޔަ އިންތިހާބުގައި އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ނުލިބުނެއް ކަމަކު އެމްޑީޕީއަށް މުޅި ރާއްޖޭން ލިބުނު ވޯޓު މަދެއްނޫނެވެ. ސަރުކާރެއްގެ އާރާބަރުގައި ވަޒީފާތަކާއި ފައިސާ ބަންޑެލިތައް ހަޔާތެއްނެތި އޮހެމުން ދިޔައިރު އޭގައި ނުޖެހި އެމްޑީޕީއަށް ގިނަ އަދަދަކަށް ބަޔަކު ވޯޓު ދިނީ އެމްޑީޕީ ރޫޅާ ނުލެވޭތީއެވެ. މެންބަރުން އިންތިހާބުކުރި 93 ދާއިރާގެތެރެއިން މަދު ދާއިރާއެއް ފިޔަވާ ގިނަ ދައިރާތަކުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީއަށެވެ. ދާއިރާތަކުގެ ގޮނޑި ކާމިޔާބު ކުރި މީހުން ގޮނޑި ކާމިޔަބުކޮށްފައި ހުރީ ބޮޑު ފަރަގަކުން ނޫނެވެ. 100 ވޯޓަށްވުރެ ބޮޑު ފަރަގަކުން ގޮނޑި ލިބިފައިވަނީ މަދު ބަޔަކަށެވެ.

އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ގޮނޑި ލިބޭ އިންތިހާބެއްގައި އެންމެ ވޯޓަކުން ތަފާތުވެގެންވެސް ގޮނޑިއަކަށް މީހަކު އިންތިހާބު ވެދާނެއެވެ. އެއްޔަކީ ބަލިވާ ކެންޑިޑޭޓަށް ތާއީދު ނެތުމެއް ނޫނެވެ. މަޖިލީހުގެ ގިނަ ގޮނޑި ޕާޓީއަކުން ކާމިޔާބު ކުރުމާ ރައްޔިތުންގެ ތާއީދަކާ ގުޅުމެއް ނޯވެއެވެ. 

ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނީ އެމްޑީޕީއަށް 67 ގޮނޑި ކާމިޔާބު ކޮށްގެން ސްޕަރމެޖޯރިޓީންނެވެ. އެމްޑީޕީއަށް އެހުރިހާ ގޮނޑި ލިބުނުއިރު އެމްޑީޕީގެ ޓިކެޓްގައި ނިކުތް ހުރިހާ ކެންޑިޑޭޓުންނަށް މުޅި ރާއްޖޭން ވޯޓުލީ މީހުންގެ %50 ނުލިބެއެވެ. އެހެނަސް ދައިރާތަކުގެ ވޯޓުތައް ބެހިގެން ދިޔަލެއް ބޮޑުކަމުން ކުޑަ ތަފާތަކުން އެމްޑީޕީއަށް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބުނީއެވެ. ނިމި ދިޔަ އިންތިހާބުން ވެސް ފެންނާނީ އެ ހަގީގަތެވެ.

ނިމިދިޔަ އިންތިހާބުން ފެނިގެން ދިޔަ އެންމެ ބޮޑު ހަގީގަތަކީ އެމްޑީޕީ ރޫޅާލަން ނިކުތް ފިކުރެއްގެ ދިރުން މަރުވެ މޫނުއެޅުމެވެ. ރައީސް ނަޝީދާއި އޭނާގެ އައުވާނުން ސިޔާސީ ދަނޑުން ބޭރުވެ ދަ ޑިމޮކްރެޓްސް އޮޔާ ދިޔުމެވެ. މަޝްހޫރު އިންތިއާއި އީވާއާއި އަލީ އާޒިމާއި ހަސަން ލަތީފާއި ބޮންޑޭ ހުތުރު ބައްޔަކުން ބަލިވުމެވެ. އެއިން މީހަކަށް އެމީހުންގެ ދައިރާތަކުގައި ރޭހުން ދެވަނައަށް ވެސް ނާދެވުމެވެ. 37 ގޮނޑިއަށް ދަ ޑިމޮކްރެޓްސް ވާދަކޮށް އެންމެ ގޮނޑިއެއްހާ ހިސާބުވެސް ނުލިބި ބޮލާފޮށާ އެޅުމެވެ.              

]]>
Tue, 23 Apr 2024 18:07:49 +0500 ހީރަސްނިއުސް
އެމްޑީޕީ ވެރިކަމުގައި ސައްލެ އިންދި ގަހުގެ މޭވާ ހޯރަފުއްޓަށް އޮހެނީ https://heerasnews.com/2390 https://heerasnews.com/2390 ތަންކޮޅެއްދުރުން މިވާހަކަ ފަށާނަމެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ހިންގި ކޯހެެއްގެ ބައިވެރިންގެ ގޮތުން އަތޮޅުތެރޭގެ ކަމުވޮށި ވަރަށް ގިނަ ބަޔަކު އަޅުގަނޑާ ގާތެވެ. އޭގެ ގިނަ މީހުންނާ އެމީހުންގެ ގިނަ ދަރިންނަކީ އެމީހުން ފެތިހަރުވެފައިވާ ނިޒާމް ބަދަލު ކުރަން ނިކުތް ޕާޓީ ކަމުގައި ވާތީ އެމްޑީޕީއާ ދެކޮޅު މީހުންނެވެ.

ރަނގަޅަށް ވިސްނާލާއިރު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީއަކީ ޕާޓީ ނިޒާމަށް ރާއްޖެ ބަދަލު ކުރި އެމްޑީޕީ އެކަންޏެވެ. އެމްޑިޕީ އުފެދުމަށްފަހު ޕާޓީއެއްގެ ނަން ކިޔައިގެން ދެން އުޅޭ ކޮންމެ ބަޔަކީ އެމްޑީޕީއާ ދެކޮޅު މީހުންނެވެ. އެއްވެ އެއްވެފައި ރޫޅި ކުދިވެފައި އަލުން އެއްވިޔަސް އެމީހުންނަކީ އެމްޑީޕީއާ ދެކޮޅު މީހުންނެވެ.

ފުރަތަމަ ޑީއާރުޕީއެވެ. ދެން ޒައީމް ފެކްޝަނެވެ. ޕީއޭ ކިޔަސް ޕީއެންސީ ނުވަތަ ޕީޕީއެމް ކިޔަސް އެއީ މުޅިންވެސް އެމްޑީޕީ އާ ދެކޮޅު މީހުންނެވެ. ގެއްލި ދިޔަ ވެރިކަމުގެ ލައްޒަތު ހޯދަން އެކި ފަހަރު އެކިނަން ކިޔައިގެން ނުކުމެ އުޅެނީ އެއްކަމެއް ވިއްކާށެވެ. ދީނާ ގައުމޭ ކިޔާ އަނދުނެކެވެ. ހަގީގަތަށް ވިސްނާއިރު ދީނާ ގައުމުގެ ކަންފުޅެއްވެސް ހިތަކު ނޯވެއެވެ.

އެމްޑީޕީއަކީ އަނިޔާވެރިކަމާ ދެކޮޅު ހައްގުތަކާ މިނިވަންކަމާ ހަމަހަމަ ކަމުގެ ފަލްސަފާގެ މައްޗަށް އުފެދުނު ޕާޓީއެވެ. އެއަށްވުރެ ބޮޑު ދީނީ ވިސްނުމަކީ ކޮބައިހެއްޔެވެ؟

ދެން އޮތީ އަސްލު މައުޟޫއެވެ.

ނިމިދާ މަޖިލިހުގައި ހޯރަފުށި ދާއިރާ ތަމްސީލު ކުރަނީ އަދި ކުރިއަށް އޮތް ދައުރަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަކީ މަޝްހޫރު މަރްހޫމް ހޯރަފުށީ އާދަމް ސަލީމްގެ ދަރިކަލުން އަހްމަދު ސަލީމް (ސައްލެ)އެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސެވެ. އިލްމާ ހުނަރާ ބަލާޣާތްތެރިކަމާއި ފަޞާހާތްތެރި ހޯރަފުއްޓަށް އުފަން މިސާލެކެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފަށަމުން ބުނި ކަހަލަ އެމްޑީޕީއާ ދެކޮޅު ކުރީގެ ރަހްމަތްތެރިޔަކާ ދިމާވިއިރު ހުރީ ރައީސް އިބޫގެ ވެރިކަން ނިންމަން ފޫގަޅާފައެވެ. އެމްޑީޕީ ދެކެ އަންނަ ރުޅިއަކުން ދީނާ ގައުމާ ހުސްގޮނޑިއާ އިންޑިއާ އައުޓްގެ އަވާގައި ޖެހި ހަފުސްވެފައެވެ.

އަނެއްކާ ދާދި ފަހުން އިހަށް ދުވަހު އޭނާއާ މަގުމަތިން ބައްދަލުވުމާ އެކު މަޖިލިސް އިންތިހާބުގައި ތިޔަހުރީ ސައްލެއާ ދެކޮޅަށްދޯއޭ އިސްވެ އަހާލީމެވެ. މިފަހަރުގެ ޖަވާބު ތަފާތެވެ.

މިފަހަރު ބުނީ ތިމަންނައާ މުޅި އާއިލާގެ ވޯޓް އޮތީ ސައްލޭއަށް ނިމިފާ ކަމަށެވެ. ސިހިގެން ގޮސް ބަލަ އެއީ އެމްޑީޕީ ކެންޑިޑޭޓް ނޫންހޭ އަހާލީމެވެ. ޖަވާބުގައި ބުނީ މިވޯޓަކީ އެމްޑީޕީއާ ގުޅޭ ވޯޓެއް ނޫން ކަމުގައެވެ.  

އެއީ އެއަރޕޯރޓާއި މަގުތަކާއި ބޮޓްލިންގ ޕްލާންޓާއި ދަތުރުފަތުރާ މިހެންގޮސް ރަށު ރައްޔިތުންނަށް ފައިދާވާ ހުރިހާ ކަމެއް ނިންމީ ސައްލެއޭ ބުނެފިއެވެ. މީގެ ސަބަބުން އުފެދުނު ވަޒީފާތައް ލިބެނީ ރަށު ކުދިންނަށޭ ވެސް ބުންޏެވެ. ބަލަ ތިޔަ ހުރިހާ ކަމެއް ކުރީ އެމްޑީޕީ ސަރުކާރުން ނޫންހޭ ބުުނުމާއެކު އަނެއްކާ ރުޅި އަތުވެއްޖެއެވެ.

އެއީ އެމްޑީޕީ ސަރުކާރުގެ މޮޅުކަމުން ނޫންކަމާ އެއީ ސައްލޭގެ ގާބިލް ކަމުން ކަމަށްބު ންޏެވެ. އޭނާ ބުނި ގޮތުން ނިމިދިޔަ ރީނދޫ މީހުންގެ ވެރިކަމުގައި  ހޯރަފުއްޓަށް އައި ތަރައްގީ 50 އަހަރާ ނުބައްދަލެވެ. އަދި އެތަރައްގީ ލިބުނު އެއްވެސް ރަށެއް މުޅި ރާއްޖޭގައި ނެތީ ސައްލޭ މޮޅުވީމާ ކަމަށް ބުނެ ސައްލެއަށް ތާއީދު ކުރަމުން އެމްޑީޕީ އާ ދިމާއަށް ބެވީއެވެ.

މިއަދު މި ވާހަކަ ލިޔަން މިޖެހުނީ މެންދުރުފަހު އިސްވެ ފޯނުން ގުޅާފައި އެއްކަލަ ރަހުމަތްތެރިޔާ ބުނިއެއްޗަކުންނެވެ. ފުރަަތަމަ ވެސް ޖެހީ ހިނިގަނޑެކެވެ. އެއްޗެއް  ނުބުނެ ތިޔަހެނީ ކޮންކަމަކާހޭ ބުނުމުން ބުނީ ސައްލެ އިންދި ގަހަކުން އަނެއްކާ މޭވާ ލިބެން އުޅޭތީއޭ ބުންޏެވެ.

ސައްލޭ މިތަނުގައި ހެދި ޔުނިޓަށް މުވައްޒަފުން ނަގަން ތައްޔާރުވީއޭ ބުންޏެވެ. ކޮން ޔުނިޓެއްހޭ އެހީމާ ބުނީ ކުޑަކުދިންގެ ޖޭ ޔުނިޓޭއެވެ. ނޫސްތައް ބަލާލީމާ އެނގުނީ އެއީ ހޯރަފުށީގައި ނިންމާ ހުުޅުވަން ތައްޔާރުވެފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް ކަމެވެ. އެތަނަށް މުވައްޒަފުން ނަގަން ތައްޔާރުވީއެވެ.

ބަލަ އެއީ ސައްލޭގެ ތަނެއް ނޫނޭ އެއީ އެމްޑީޕީ ސަރުކާރުގައި ރައީސް އިބޫ ނިންމެވި ކަމެކޭ ބުނުމާއެކު ކަރަންޓްގައި ޖެހިއްޖެއެވެ. އަޑަށް ބާރުލާފައި ބުނީ އެއާލާތުން ކުރިކަމެއް ނަމަ ކޮންމެ ރަށެއްގައި މީގެ ތަނެއް ނުހަދާ މިރަށުގައި ހެދީ ސައްލޭ އޭ ބުނެފިއެވެ. ދެން ބުނީ ދުވަހަކު ވެސް އަންނި ހުރި ޕާޓީ އަކަށް ތާއީދެއް ނުކުރާނަމޭއެވެ. 

ބަލަ އަންނި އެއީ މިހާރު އެމްޑީޕީން ވަކިވެގެން އަމިއްލަ ޕާޓީއެއް ހަދައިގެން އުޅޭ މީހެއް ނޫންހޭ ބުނުމުން އިރުކޮޅަކު ހުރެފާ ބުނީ އެހެން ވިޔަސް އެމްޑީޕީއަށް ތާއީދެއް ނުކުރާނަމޭ އެކަމަކު މިފަހަރު ބޮޑު ތަފާތަކުން ސައްލޭ ހޮވާނަމޭއެވެ. 

އެއްޗެއް ބުނަން އަނގަ ހުޅުވާލިއިރު އިވެނީ އެހެން ބުނި ގޮތަށް ފޯނު ކަނޑާލީމާ އިވޭ ޕީޕީ އަޑެވެ.

]]>
Mon, 08 Apr 2024 21:14:48 +0500 ހީރަސްނިއުސް
ފައިނު އާދަނު ދަތްދޮޅިން ތަށި މިލްކު ކުރުން https://heerasnews.com/2307 https://heerasnews.com/2307 ތިނެއް ހަމަވީމާ ތަށި މިލްކުވާ ގޮތަށް ލާމަރުކަޒީ މިނިސްޓަރު އެންމެން ދަންނަ ފައިނު ދަތްދޮޅި އާދަނު އަނެއްކާ އަނެއްތަށި އެ ހޯދީވެސް ދަތްދޮޅިންނެވެ.

2013 ގައި ރައީސް ޔާމީނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ލިބުމުގެ ކުރިން ފައިނު އާދަނަކީ ބަޔަކު ދަންނަ މޫނެއް އަދި އިވޭނަމެއްވެސް ނޫނެވެ.

ޖެނެރަލް ޖަލީލްގެ ޑިފެންސް މިނިސްޓަރުކަން އައިޖީއެމްއެޗް ތެރޭން އުދުއްސާލުމާ އެކު ފައިނު އާދަނަށް ޑިފެންސް މިނިސްޓަރުކަން ލިބި ސިފައިން ލައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޔަށް އަތްލާ ދަމާ ކޫއްތާ ނެރެ އުކާލުމަށް ފަހު އެ މެމްބަރުންގެ ދަތްދޮޅި ދުއްވާލުމަށް ހިތްވަރު ދިން ހިސާބުން ފައިނު އާދަނަކީ ދަތްދޮޅި އާދަނު ކަމުގައި ކިޔަން ފެށިއެވެ. 

އެފަހަރު އެއީ އާދަމް ޝަރީފުގެ ދެވަނަ ދަތްދޮޅިއެވެ. ސަބަބަކީ އުމުރުން ދޮށި ވުމަކީ ގިނަ މީހުންނަށް ފްރީކޮށް ޑަބަލް ދަތްދޮޅި ލިބޭ ސަބަބެކެވެ. މުލައްދަނޑީގައި ބާރުހުރި ގަޔަށް ގޮއްމަސް އެރުވި ޒުވާނުން ދައްކާކަހަލަ ވާހަކަ ދެއްކިޔަސް އާދަމް ޝަރީފަކީ އުމުރުގެ ގޮތުން ބަލާ ނަމަ ކެތި ބޯދަށަށް ޖަހާ، 70 އަށް ފައިނަގަންދާ މީހެކެވެ. ރައްޔިތުންގެ މަޖިލިހަށް ނުވަތަ ވަޒީރުންގެ މަޖިލިހަށް ބެލިޔަސް އެ ތަންތަނުން ފެންނަ އެންމެ ދުވަސްވީ މޫނު ތަކުން އެއް މޫނެވެ.

ކުރިން ސިފައިންގެ ވަޒީރެވެ. ސިފައިންނަކީ ނިކަން ސިފަވަންތަ އާރާބާރާ ޖޯރުހުރި ޒުވާން ފައުޖު ތަކެކެވެ. ސިފައިންގެ ވަޒީރުކަން ލިބުމަކީ އާދަން ޝަރީފު ޒުވާނަކަށްވާ ސަބަބެއް ނޫނެވެ. މިހާރު އެއީ ކައުންސިލް ވަޒީރެވެ. ރާއްޖޭގެ ކައުންސިލް ތަކުގެ ޒުވާނުން ފެނިފައި އަނެއްކާ މި ފަހަރުވެސް އާދަން ޝަރީފުގެ ދެހަން ދޭތެރެއަށް ޒުވާން ކަމުގެ ޖަޒުބާތު ވަދެގަތް ފަދައެވެ. ދުވަސްވީ ދަތްދޮޅިއާ ކުރިން ހޯދި ދަތްދޮޅީގެ ތެރެއަށް އަނެއްކާ 3 ވަނަ ދަތްދޮޅި އާދަން ޝަރީފު އިތުރުކޮށް ދަތްދޮޅިން ތަށި މިލްކު ކޮށްފިއެވެ.

މި ފަހަރުވެސް ދެއްކީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކައެވެ.

ކުރީފަހަރު ކުރިކަންތަކާ ބުނި ބަސްތަކަށް ޒިންމާ ނުކުރެވުނީމާ ހަޔާތް ކެނޑުނީވެސް ތޯއްޗެކެވެ. މީހުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގާ ވާހަކަ އެހެން މީހަކު ބުނެފިއްޔާ އެއީ އިންޒާރު ދިނުން ނުވަތަ މުޖުތަމައަށް ނުރައްކަލެއް ކަމަށް ބަލާ އެމީހާ ހައްޔަރު ކުރެއެވެ.

އެކަމަކު ފައިނު ވަޑި އާދަނު ތަކުރާރުކޮށް ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ގަޔަށް އަތްލާ މޭރުމުން އިންޒާރުދިނަސް ވާކަމެއް ހަރާމެވެ.

]]>
Thu, 07 Mar 2024 11:52:51 +0500 ހީރަސްނިއުސް
އަމިއްލަ ގަޔަށް ވަޅިޖެހީ ޑިމޮކްރެޓްސްއެއް ނޫން ބުރުމާ ގާސިމް https://heerasnews.com/2222 https://heerasnews.com/2222 ބޮޑު ގޮހޮޑާ ހެދިގެން ކޮންމެ ސަރުކާރަކަށް ފާވެގެން ދައުލަތް ދަވާލުމުގައި ހިތެއް ނުފުރެއެވެ. ކޮންމެ ވެރިއަކުވެސް ވެރިކަމަށް އެރުމާއެކު ޅޮސް އުދޯއްޔަށް ލައިގެން ހިންޏަށް ހަކުރު އޮޅުވާލައެވެ. ގައުމާ ރައްޔިތުންނަށް މާ ހެވެއް އެދިގެން އުޅޭ އެހެން މީހަކު ނެތް ކަމަށް ދެއްކިގެން ހުރިހާ ސަރުކާރެއް ފުޅިއްސާލައެވެ. ވެރިމީހާގެ އުގަށް ވެއްޓި ގަނެގެން ނެގުނުހާ ނާޖާއިޒު މަންފާއެއް ދައުލަތުގެ ތެރެއިން ދަމައިގަނެއެވެ. އެންމެ ފަހުން ގޮހޮރުގަނޑު ދަމައިގަނެ ދުވަސް ދުއްވާލާފާ ވެރިކަން ވައްޓާލަން ނިކުމެއެވެ. ދިވެހިން ދަންނަ ބުރުމާ ގާސިމުގެ ހަގީގި ސިފައަކީ މިއެވެ.

ރައީސް މައުމޫނުގެ މުއްޕަތުން ނެތްމޮޅު ހޯދައިގެން މަހުޖަނަކަށްވެ ހިފީ މައުމޫނު ކަރުގައެވެ. ކަޅުއޮށު ބަނޑު ދަށުގައި ހުރެ ބޮޑުވާ ކޮރައްޔެކޭ ބުރުމާ ގާސިމެކޭ ތަފާތެއް ނެތެވެ. މައުމޫނުގެ ބާރުން ބާރާއި މުއްސަދިކަން ހޯދައިގެން މައުމޫނުގެ ދުވަސް ދުއްވާލީއެވެ. މައުމޫނުގެ 30 އަހަރުގެ ވެރިކަން ވައްޓާލަން ހިންގި ހުރިހާ ހަރަކާތެއް ހިންގުމުގެ ފަހަތުގައި ހުރީ ގާސިމު ނޫން ދެވަނަ މީހެއް ނޫނެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު ގެންނަން ކުރިހާ ކަންކަމާ އެސަރުކާރު މަގުމަތިން ވައްޓާލީ ގޮތް ދިގު ކުރާކަށް ކިޔާނެ ކަމެއް ނެތްތާއެވެ. ވަހީދުގެ ބަގަވީ ސަރުކާރުގެ ތެރެއިން ނެގިހާ މަންފާގެ ވާހަކަވެސް ދައްކާކަށް ނެތީމެވެ. 

ރައީސް ޔާމީނު ވެރިކަމަށް ގެންނަން މަސައްކަތްކޮށް އެސަރުކާރުގެ ތެރެއިން ނެތްމޮޅު ހޯދަން އުޅުމުން ޔާމީނު ދިންކެހި ހިތައް އެރިޔަސް އަންނަނީ ހިންޏެވެ. ކޯޓުތަކަށް ދަނޑިބާނައިގެން ނެރުވި ފެބުރުއަރީ 1ގެ އަމުރުގެ މަޅީގައިޖެހި ބޮލުރޮދި ކެނޑިގެން ވީގޮތް އެންމެނަށްމެ ފެނުނެވެ. 

ދެވަނަ ފަހަރަށް އެމްޑީޕީ ވެރިކަމަށް އައުމަށް އުފެދުނު ބޮޑުކޯލިޝަނަށް ސަވާރުވެގެން އެމްޑީޕީގެ ލީޑަރޝިޕްގައި ރެދުލައްވާ ސަރުކާރުގެ މައްއޗަށް ވެރިވެ ގަނެ މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއް ހިސޯރުކޮށްގެން ހުރީ ގާސިމެވެ. ކޯލިޝަން ބޭނުން ކޮށްގެން އަމިއްލަ އަނބިމީހާ ވަޒީރުކަމުގައި ހުރި އެ ސަރުކާރު ފޭލިކޮށްލަން ގާސިމު ނުކުރަނީ ކީއްހެއްޔެވެ. 

ރިޔާސީ އިންތިހާބުގައި ޗޮކުން ގޮސް ހައެއްކަ ހާސް ވޯޓު ނުހޯދި ބަލި ބުޅާ ގަނޑަކަށްވެ ހަސް ނެތުނީމާ މުއިއްޒު އުނގަށް ފުއްމާލައިގެން އަނެއްކާ ދިމާކުރީ ދައުލަތް ދަވާލުމަށްކަން އޮޅިގެން އުޅެނީ ކާކަށް ހެއްޔެވެ. 

ރައްޔިތުންގެ ބޮޑު މެޖޯރިޓިއަކުން ހޮވާފައިވާ ސަރުކާރެކޭ ވަޒީރުންނޭ ރުހުމޭ ކިޔަން ގާސިމަކީ ކާކު ހެއްޔެވެ. ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ ސުޕަމެޖޯރިޓީ އޮވެމެ, ވެރިންނަށް ރައްޔިތުންގެ އިތުބާރު ގެއްލުމުނޭ އެމްޑިޕީއާ ދިމާލަށް ކިޔަން އެންމެ ތާހިރީ ގާސިމެވެ.

ކޯލިޝަނުގެ ދުއްޕާނުގައި އެމްޑީޕީގެ ލީޑަރޝީޕް ބައިބައިކޮށް ކޯލީޝަނުގައި އޮވެ ދަ ޑިމޮކްރެޓްސް ބޭރުކުރުވައިގެން ކަރާކަރުޖައްސާ ރައީސް ސޯލިހުގެ ވެރިކަން ވައްޓާލަން ނިކުމެ ހަރާން ކޯރުވީ ބުރުމާ ގާސިމެވެ. އަމިއްލަ ގަޔަށް ވަޅިޖަހަނީ ދަ ޑިމޮކްރެޓްސްއެއް އެމްޑީޕީއެއް ނޫނެވެ. އަމިއްލަ ގަޔަށް ވަޅިޖެހީ ކޯލިޝަންގައި އޮވެ އަބިމީހާ ވަޒީރުކަމުގައި ބަހައްޓައިގެން އިބޫ ސަރުކާރުގެ ސިޔާސީ އެތައް މަގާމެއް ހިސޯރުކޮށް ބޮޑު ފައިދާނަގާ ހަރާން ކޯރުވި ބުރުމާ ގާސިމެވެ. 

]]>
Sun, 28 Jan 2024 12:39:33 +0500 ހީރަސްނިއުސް
ޕީއެންސީ ޕްރައިމަރީ ބީލަމުގަ! މުއިއްޒު ވާނުވާގަ! https://heerasnews.com/2184 https://heerasnews.com/2184 ސަރުކާރުގެ ސިޔާސީ މަގާމު ތަކަކީ ކަޓ ނަގައިގެން  އާމްދަނީ ހޯދާ މިލިއަނުން ރުފިޔާ ޖަމާކުރާ ކަމަކަށްވީ ވާހަކަ ދައްކާ އަޑު ފުރަތަމަ އިވުނީ މުއިއްޒު ސަރުކާރުގައެވެ. އޭގެ ކުރިން ކިޔަނީ ޕާޓީ މީހުންނާ ގާތް މީހުންގެ ގާތް މީހުންނާ އާއިލާ މީހުންނަށް ސިޔާސީ މަގާމު ދޭވާހަކައެވެ. މިފަަހަރު އެބައި އެހެން އޮވެފައި އަދި ގަނޑުކޮށް ރުފިޔާ ނަގައިގެން ސިޔާސީ މަގާމު ވިއްކީމާ ސަރުކާރުގެ މަތިބަރުވީ ފިސާރި އަވަހަށް، މާބޮޑަށެވެ.

ދުވަހަކު ނެތް ވަރަށް ސްޓޭޓް މިނިސްޓަރުންނާ ނައިބު ވަޒީރުން ލާން މަޖުބޫރުވީ މިލިއަނުން، ބައި މިލިއަނުން ރުފިޔާ ނަގައިގެން ކަމަށް އަޑުއެރުމުގައި ސަބަބު ތަކެއް ވާނެއެވެ. 

އެއީ ކާކު މިއީ ކާކު އަދި އެގަހުކޭލެއް މިގަހު ކޭލެއް ވަކިނުވާ ވަަރަށް އެ ބައިވަރު އޮތީ ކޭސް ހުރިގޮތަށާ ޑަޒަނުންނެވެ. މި ސަރުކާރުގެ ސިޔާސީ މަގާމު ތަކަކީ ގުދަން ކުރެވޭ ވަރަށް އަދަދުންމަތި މުދަލެކޭ އެއްފަދައެވެ. ލީދުވަހު ނޫން އަނެއް ދުވަހު ފީވެގެން ޑަސްބިން ކުރަން ޖެހެނީ އަވަސް އަރުވާލައިގެން ބަލާ ނުލާ ލާރިކޮޅު ނަގަން ހަދައިގެން ކަމަށްވުން ގާތެވެ. 

މިއީ މުޅިން އަލަށް މިރާއްޖޭގެ ސަރުކާރަކުން ފެންނަ ކަމެކެވެ. ގައުމިއްޔަތު ބޮޑުވީމާ ދޮގާ މަކަރު ގިނަވެފައި ސިޔާސީ މަގާމު ތަކުން އިންސާނީ ވަގުފާރި މުޅިން އާޒާތަކަށް ހިނގަނީ ތޯއްޗެކެވެ.؟

ސަރުކާރުން ދުރަށް ޖެހިލާއިރު އަންނަ މަޖިލިސް އިންތިޚާބަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓް ދިނުންވެސް އޮތީ ބައެއްގެ ޖީބަށް ބޮޑުވާ ގޮތަށް ކަމަށް އެވެރިންގެ ތެރޭގައި ކުދިކިއުން ގިނަވެއްޖެއެވެ.

ޕާޓީއަށް ޚިދުމަތްތެރި ޒަމާންވީ ލޯޔަލިސްޓަށްވުރެ ޕްރައިމަރީގައި ވާދަކުރަން ދުރުންއައި ލޯނުދެކޭ މީހާ މާމޮޅުވެފައި މަތިފަޑީގައި ދަނޑި އަނބުރަނީ ކަމެއް ވީމައެވެ. ދާއިރާގެ ވަޒީފާތަކާ ކަންފަހި ކަމާ، ސަރުކާރުން ދާއިރާ ލޯނުދެކޭ މީހާ ކުރާ ކަންކަން ހިނގަނީ ދުރުން އައި މީހާ ބޭނުންވާ ގޮތަށެވެ. ރަނގަޅަށް ބަލާއިރު އޭނާ އުޅެނީ ޕްރައިމަރީ ގަންނަން ބޭފުޅެއްގެ ޖީބަށް ބޮނޑިވަރެއް ލައިދީގެން ނޯލައެވެ. ދެންވާ ގޮތަކީ އަސްލު މީހާގެ ކެމްޕޭނުގައި އުޅޭތީ ފޭކް މީހާ ދަންނަވާލާ އިރަށް ވަޒީފާއިން ވަކިކޮށް، އަނެއް ބަޔަކަށް ވަޒީފާދީ ވެސް ހަދާ ކަމަށް ވެއެވެ.

ބައެއް މީހުން ބުނަނީ މިއީ ރައީސް މުއިއްޒަށް ވަގަށް ސަރުކާރު ތެރޭގައި ތިިބި ބޮޑުންގެ އެހެން ބަޔަކު ކުރާ ކަމެއް ކަމަށެވެ. އަނެއް ބަޔަކު ގަބޫލު ކުރަނީ ހުރިހާ ކަޓަކާ  ދޮގާ މަކަރާ ހީލަތް ހަދަނީ މުއިއްޒު ވިދާޅުވެގެން ވިދާޅުވާ ގޮތަށް ކަމުގައެވެ. 

ރައީސް ޑރ މުއިއްޒަކީ އެބުނާހާ ތެދުވެރި ނިޔަނެތި އަމުދުން އިތުރުފުޅު ނުހައްދަވާ ބޭފުޅެއްތޯ ނޫންތޯ ކިޔާ މީހުންގެ ވިސްނުމަށް ދޫކޮށްލަމެވެ

]]>
Sun, 14 Jan 2024 21:00:08 +0500 ހީރަސްނިއުސް
ޕީއެންސީ&ޕީޕީއެމް: އެމްޑީޕީ ޑަސްބިން https://heerasnews.com/2148 https://heerasnews.com/2148 އެމްޑީޕީން ދެމި ގުއި ރޯނުގައި މުއިއްޒު ޖެހުނު ވާހަކަ ކުރިންވެސް މިނޫހުގެ ލިޔުން ތެރިއަކު ވާނީ ބުނެފައެވެ. އެވާހަކަ މިއަދު އިތުރަށް ކަށަވަރު ވެއްޖެއެވެ. މުއިއްޒަށް ވެރިކަން ގެއްލިދާނެކަމުގެ ބިރު އޭނާ ގެންފައިހުރި ވަރު މާ ރަނގަޅަށް ވެސް މިއަދު ސާފު ވެއްޖެއެވެ. 

ވެރިކަން ވައްޓާލަން ވިއްޔޭ މީހަކު ގޮވާލާ އިރަށް މުއިއްޒު މިހިރަ ގަންނަ ބިރެކެވެ. އައިން އައިނަށް ސިޔާސީ މަގާމުތައް ބަހަމުން މިދަނީވެސް އެކަމަކާހުރެއެވެ. މަޖިލީހުގެ ގަވައިދަކަށް ބަދަލެއް ގެނަޔަސް މުއިއްްޒަށް މި ހީވަނީ ވެރިކަން ވެއްޓެން އުޅޭ ހެންނެވެ. ހުންއައިސް ބިރުން ތުރުތުރު އަޅައެވެ، ބޮޑު ވިޔަފާރި ވެރިއަކު ނުނިޔަތް ލާފާނެތީވެސް ހުންނަނީ ބޮލުން ދުން އަރަ އަރައެވެ. އަލީ ރަމީޒު ޓްވީޓެއް ކޮށްލިޔަސް ގައިން ވާގި ދޫވެއެވެ. ރައީސް ޔާމީނު ބަސްފުޅެއް ވިދާޅުވާ އަޑު މީހަކަށް އިވިދާނެތީވެސް ހުންނަނީ ނޭވާ ހައްޓައް ނުފެތިފައެވެ. އަދުރޭ ފޫކަހާލާ ފާނެތީވެސް ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ސާޖީ ފިއްތާލަފާނެތިވެސް ހުންނަނީ ސަހާދަތް ތަކުބީރު މަތީގައެވެ. ވާނީވެސް އެހެންތާއެވެ. 

ތިމާގައި ކަމެއް ނެތްކަން އެންމެ ރަނގަޅަށް އެނގޭނީވެސް މުއިއްޒަށްތާއެވެ. ވެރިކަމަށް އާދެވުނީ ބޮޑު ފޮޓޯއަކާއި ހުސް ގޮނޑިއެއް ދައްކައިގެންކަން އިހުސާސް ވާނެއެވެ. ރަތް ޓީޝާޓްގެ ދެފަރާތުގައި އިންޑިއާ އައުޓް ޖަހައިެން އަޑުގެކޮޅަށް ހަޅޭލަމުން ގުންފައި ޖަހަމުން ދުވިޔަސް އިންޑިއާ އައުޓް ނުކުރެވޭނެކަން އެންމެ ރަނގަޅަށް އެގޭނީ މުއިއްޒަށެވެ. ކަނޑުވިއްކައިފިޔޭ ކިޔައިގެން ކިތަންމެ ފޮނެއް އެރުވިޔަސް އެކަމުގައި ބައިނަލްއަގުވަމީ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ނެތްކަން އެންމެ ރަނގަޅަށް ސާފުވާނީ މުއިއްޒަށެވެ. ރައީސް ޔާމީނަށް ކޮށްގެން އުޅެނީ ހައްގު ހަލާލު ހުކުމެއްކަން މުއިއްޒަށް މާ ރަނގަޅަށް އެނގެއެވެ. އެކަމަކު ކުރާނެ ކަމެއް ނެތްތާއެވެ. ވޯޓް ލިބެން އޮތީ ނިތްކުރިއަށް ރުލެއްވެސް އަރުވާނުލާ ފުލުފުލުގައި އެ ބޮޑެތި ދޮގުތައް ހަދައިގެންނެވެ. 

ކެންޕޭނަށް ފައިސާ ހޯދަން ފުންމާލެވުނު ޖީބުތައް އެނގޭނީވެސް މުއިއްޒަށް ނޫން ހެއްޔެވެ. އެމީހުން ނުރުހިއްޖެއްޔާ ހަތަރެސްކަން ހަމަކޮށްލާނެކަން އެގެނޭއެވެ. އަލީ ރަމީޒުމެން ކިތަންމެ ބޭނުން ވިޔަސް ކަންދަހާރަށް ރާއްޖެ ނުހެދޭނެކަން މުއިއްޒަށް އޭރުވެސް އެނގެއެވެ. ޅިޔަނުގެ ސަލަފު ޖަމިއްޔާ ނުރުހިއްޖެއްޔާ ވެރިކަމުގެ ވަސްވެސް ނުފެންނާނެކަން މުއިއްޒު ދެނެހުއްޓެވެ. އެހެނެކޭ ކިޔާ އެލްޖީބީޓީންނާ ވެސް ވަތްކަނޑަލައިފިއްޔާ ވާނެ ގޮތް މުއިއްޒަށް އެނގެއެވެ. ވަށައިގެން ބަނދެވި ތަޅުލެވިފައިވާ ޓްރާސްޕޭރެންޓް ބިއްލޫރި ކޮއްޓެއްގައި ވަދެހުރިކަން އެންމެނަށް ނޭނގުނަސް މުއިއްޒަށް ނޭނގިއެއް ނުހުންނާނެއެވެ. 

ތަޅާފޮޅުމަކަށް ލޭއޮހޮރުވުމަކަށް ނުގޮސް މުއިއްޒު އަޒުލުކުރުމުގެ ބާރު އިދިކޮޅު އެމްޑީޕީއަށް އޮތް އޮތުމަކީ އެހެން ހުރިހާ ކަމަކަށްވުރެ މުއިއްޒު މޭބޮޑުވެ ރޭނިދި ނުނިދޭކަމެކެވެ. ގަވައިދަށް ގެނައި ބަދަލަކުން އަޒުލްކުރުމުގެ އިޖުރާތު ފަސޭހަ ވެގެން ދިޔުމަކީ މުއިއްޒު ފައި ދަށުން ބިންގަނޑު ކެހިގެން ދިޔުން ކަހަލަ ކަމަކަށް މުއިއްޒަށް ވިއެވެ. ގަވައިދަށް ބަދަލެއް ގެނަޔަސް އަޒުލު ކުރާކަށް އުޅެނީއެއް ނޫނެވެ. 

ގަތްގަތް ބިރުން ހަދާނެ ނުހަދާނެއެއް ނޭނގިގެން މަޖިސް އުވާލަން ތެޅެގަތެވެ. އެއްޔަކީ ވާކަށް އޮތް ކަމެއް ނޫންކަމުން އަވަސްވެގަތީ އެމްޑީޕީގައި އޮތް މެޖޯރިޓީ ދުއްވާލާށެވެ. އެމްޑީޕީން ދެމިގުއި ރޯނުގައި ރަނގަޅަށް މުއިއްޒު ޖެހިއްޖެކަން ޔަގީން ވުމުން ބައެއްް މެންބަރުން ތިބީ ކުރުދޮށީގައެވެ. ފަސް އަހަރުން ނުލިބުނު މޮޅު ހޯދަން މުއިއްޒު ހުޅުވާލި ޓްރާންސްފަރ މާކެޓްގައި ގޮނޑި ބިޑަށް ލިއެވެ. ގަނޑުކޮށް ބޮޑުކޮށް އެމްޑީޕީން ބޮޑު ޕޯޝަނެއް ގަނެލިއެވެ. 

އަނހާ! ސަހަރޯއެވެ. ބިޑުން 13 ގޮނޑި ގަނެގެން ގެންގޮސް އޮފުކޮށް އަތުރާލުމާއެކު އެ ލިބުނު ލަނޑެއްގެ ބޮޑުކަމާއެވެ. އަޒުލު ކުރުމުގެ ވިސްނުން އެމްޑީޕީން ނުގެންގުޅޭ ކަމަށް ބުނެ މުއިއްޒު ކުރި ބޮޑު ހޭދައަކީ އަގެއްނެތް ބޭކާރު ކަމަކަށް ހަދާލީއެވެ. ބޮޑު އަގު ދީގެން ނުވަގުތެއްގައި ދެތިން މަހަށް ދިމާ އިދިކޮޅު ފިކުރުގެ ބަޔަކު ޕްރޮގްރެސިވް ކޯލިޝަންގެ އިސްސަފުގައި އަތުރާލެވުނު މޮޔަހީވެ މޭނުބައި ކުރިއެވެ. ހަގީގީ ޕީޕީއެމް ފިކުރު އޮޔާ ދުއްވާލައި އަރާއިން އޮފި އަމިއްލައަތުން ކަނޑާ ވައްޓާލީއެވެ. ޕީއެންސީ-ޕީޕީއެމް ކޯލިޝަނަކީ އެމްޑީޕީގެ ޑަސްބިނަކަށް ބަދަލުކޮށް ލެވުނީއެވެ. ހަގީގީ ޕީޕީއެމް ސަޕޯޓަރުންގެ ހިތްކަޅުވީއެވެ. ޕީޕީއެމް ފިކުރު ކަފުން ކުރެވުނީއެވެ.  

]]>
Sat, 30 Dec 2023 20:56:35 +0500 ހީރަސްނިއުސް
ވެރިކަން ނިންމުމުގެ ކައުންޑައުން ފެށުން https://heerasnews.com/2145 https://heerasnews.com/2145 " ދިވެހިންގެރާއްޖެ ފެށުން" މި ނަމުގައި މުއިއްޒު މިފެށީ ހަޑި މުޑުދާރު ފެށުމެކެވެ. ރިޝްވަތާ ކޮރަޕްޝަންގެ ފެށުމެކެވެ. ގައުމިއްޔަތުގެ ނަމުގައި ގައުމު ހަފާކާން ފެށި ފެށުމެކެވެ. މެންބަރުން ގަނެވިކުމުގެ ސަގާފަތް ނެތި ގޮސްގޮސް އޮއްވާ މެންބަރުން ގަންނަން ފެށިފެށުމެކެވެ.

ދަ ޑިމޮކްރެޓސްގެ ޕީޖީ ލީޑަރ އަލީ އާޒިމު ވިދާޅުވަނީ " ތިޔައީ ހަޑި މުޑުދާރު ނާތަހުޒީބު ފެށުމެއް" ކަމަށެވެ. އާޒިމް ވިދާޅުވީ " ރައްޔިތުންނަށް ތިޔަ ބުނެދެވެނީ، ތިޔަ ހިތްވަރު ދެވެނީ ތިޔަ ޒާތުގެ ނާތަހުޒީބީ ކަންކަން ކޮށްލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަަށް"ށެވެ. ވަރަށް ބޮޑު ތެދުފުޅެކެވެ. ރައްޔިތުންނަށް މުއިއްޒު ބުނެދެނީ ވޯޓުގަނެ ވިއްކުމަށެވެ.    

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަތުމަށް ޑރ. މުއިއްޒު ރިޝްވަތު ދިންކަމުގެ ހެއްކާ ގަރީނާ އެބަހުއްޓެވެ. ލަދެއް ހަޔާތެއް ނެތި މެންބަރުންނަށް ރިޝްވަތު ދީގެން އެމީހުންގެ ސިޔާސީ ހަޔާތް ކަފުން ތިޔަކުރީ އަޒުލު ކުރުމުން ސަލާމަތް ވެވިދާނެ ކަމަށް ހެއްޔެވެ. ރިޝްވަތުގެ ހަރާން ފައިސާ ދީގެން ގެންދިޔަ މީހުންނަށް އޮތީ ކޮން އިތުބާރެއް ހެއްޔެވެ. އަދި ތިޔަ ދެވުނީ މަންޒަރު ދައްކާލަން ޕާޓީ ބަދަލު ކޮށްލުމުގެ އުޖޫރައެވެ. ޕާޓީ ބަދަލު ކޮށްލުމަށް 52 މިލިޔަން ރުފިޔާ ހަރަދު ކޮށްލައިގެން ފުއްދާލެވުނަސް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފިނަމަ އެ މީހުންގެ ވޯޓު މުއިއްޒަށް ހޯދަން ޖެހޭނީ އެތައް މިލިޔަން ރުފިޔާއެއް އިތުރަށް ދީގެންނެވެ.

ކޮޅު ބަދަލުކުރި 13 މެންބަރުންނަށް އެކަނި ދޭފައިސާއަކުން އިތުބާރު ނެތްކަމަށް ނަގާ ވޯޓަކުން އަރައެއް ނުގަނެވޭނެއެވެ. މިހާރު ތާއީދުކޮށްގެން ތިބި އެހެން ޕާޓީ ތަކުގެ އެމްޕީންނަށާއި އިނގިލި ބުރިކުރިޔަސް ވޯޓު ނުދޭން ބުނި މެންބަރުންނަށް އެ މީހުން ހިތްފުރޭ ވަރަށް ފައިސާ ނުއޮއްސާ ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.    

މުއިއްޒެވެ. ތިޔަ ޖެހެވުނީ ނިކަން ވަސް ގަދަ ގުއިރޯނެއްގައެވެ. މުއިއްޒު އިތުބާރުނެތް ކަމުން ސަލާމަތްވުމަށް ރާވާ ރޭވުމެއް ބޮލުން ނަގުލަށް ތިލަވާނެ ހުރިހާ ގޮތެއް އަމިއްލައަށް ތިޔަ ހެދީއެވެ. މުއިއްޒާ ދެކޮޅަށް ވޯޓެއް ހޯދަން މެންބަރެއްގެ އިނގިލި ބުރިކުރާ ވަރެއް ނުވާނެއެވެ. 

ތެދެއް ބުނަން ހެއްޔެވެ. ކުރިއަށް އޮތް އާންމު އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަ ނުކުރެވޭ ގޮތަށް އެމީހުންނަށް މަގު ބަންދުކޮށްފައި ޕާޓީ ބަދަލު ކުރުވިކަން އެމީހުނަށް އެނގެއެވެ. އޭގެ ތެރެއިން އަންނަ އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން މަޖިލީހަށް ވާދަ ނުކުރާނެއޭ ހީވަނީ ހެއްޔެވެ. ސިޔާސީ ގޮތުން އެ މީހުންނަކީ މޮޔައިންނެއް ނޫނެވެ. 

އެންމެ ރަނގަޅެވެ. މުއިއްޒަށް އިތުބާރުނެތް ކަމަށް ނެގޭ ވޯޓެއްގައި އެ މީހުން ވޯޓް ނުދީފާނެއެވެ. އެމީހުން ވޯޓް ނުދިނިއްޔާ ވާނީ ކީއްހެއްޔެވެ. އެވަރު ކަމެއް ކުރަން އުޅޭ ބަޔަކު އެކަމެއް ކުރާނީ ނަތީޖާ ނެރެވޭ ގޮތަށެވެ. ކޮންމެ ކާއްޓެއްގައިވެސް އެކާއްޓެއް އުފުލާ ލެވޭވަރުގެ ނަރެއް އޮންނަކަން ފަހަރެއްގައި މުއިއްޒަށް ނޭނގެނީ ކަމަށް ވެދާނެއެވެ. ތިޔަހާ ވަރަކަށް މޭބޮޑުވެ މިލިޔަން މިލިޔަނުން ނެތް ފައިސާ ތިޔަ ހަރަދު ކުރަނީ ވެއްޓޭތަން ހާމަޔަށް ފެންނާތީއެވެ. 

ދިވެހިންގެ ރާއްޖެ ފެށުން ނަމުގައި ތިޔަފެށީ ނިމުމުގެ ފެށުމެވެ. ރިޝްވަތުގެ ކަޅު ފައިސާއިން ފެށި ފެށުމަކީ ހަލާކުގެ ފެށުމެވެ. 13 މެންބަރުން ގެންގޮސްގެން ތިޔަފެށީ ވެރިކަން ނިންމުމުގެ ކައުންޑައުންއެވެ.   

]]>
Fri, 29 Dec 2023 14:14:44 +0500 ހީރަސްނިއުސް
ވޯޓެއް ކޯޓެއް ކެނެރީގޭ ދެބެންނަކަށް ނެތް https://heerasnews.com/1997 https://heerasnews.com/1997 ކޮންމެ ބަޔަކު ކުރިޔަސް ގޯސްކޮށް ކުރާކަމެއްގެ ގޯސް ކޮންމެވެސް ދުވަހަކުން އެކަން ކުރި ބަޔަކާ އަރާ ހަމަ ކުރާނެއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދިމާވެގެން ވެސް މިއުޅުނީ އެކަމެވެ. ވަކި އެކަކަށް އެތައް ހާސް މީހުން ހިމެނޭ ޕާޓީއެއް އަޅުވެތިވެގެން ދިޔުމުގެ ހިތި ރަހަ އެމްޑީޕީ އަރުގައި އެދަނީ ލަމުންނެވެ. ކާކަކީ ކާކުކަން އޮޅި މުޅި ޕާޓީއަކީ ވަކިމީހެއް ކަމަށް ހެދި ހެދުމުގެ ހިތި ނަތީޖާ އެމްޑީޕީއަށް ފެންނަމުން އެދަނީ އަނބުރާ އިޔާދަ ނުކުރެވޭހާ އުނދަގޫކޮށްނެވެ. 

ރާއްޖޭގެ ގާނޫނީ ނިޒާމް އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވޭމީހާއަށް ރައްޔިތުންގެ 50 އިންސައްތަ ވޯޓު ލިބެން ޖެހުނަސް މަޖިލީހުގެ މެންބަރުކަމަށް ހޮވޭ މީހާ މަގާމަށް ހޮވުމަށް ދާއިރާގެ 50 އިންސައްތަ މީހުންގެ ވޯޓު ބޭނުމެއްނުވެއެވެ. ނަތީޖާއެއްގެ ގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނީ ވަރަށް ފަސޭހައިންނެވެ. 

ލިބުނު މޮޅުގައި އެމްޑީޕީ ބޭނުން މީހަކަށް މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސް ކަން ދިނުމަކީ އުދަނގޫ ކަމަކަށް ނުވިއެވެ. މަޖިލީހުގެ ރައީސް ކަން ހޯދުމަށް އެމްޑީޕީގެ ދެ ކެންޑިޑޭޓަކު ނެރެގެން ވާދަކުރުވީ ލަދުގަންނަހާ ހުތުރުކޮށެވެ. ގޮނޑީގެ ވާދައިގާ ރައީސް ސޯލިހު ތާއިދު ކުރި ހަސަން އަފީފާއި ރައީސް ނަޝީދު ތާއީދު ކުރި މުހައްމަދު އަސްލަމް ބަރަހަނާކުރީ ރަތްމަހަށް ނުކުރާ ވަރުކޮށްފައެވެ. ދޮގު ތުހުމަތުތަކާ ލަދުހުތުރު ގޮތުގައި އެ ދެމީހުން ބަރަހަނާކުރި ވާދަ ނިމިގެން ދިޔައީ ދެބުޅަލުގެ އަރާރުމުގާ ރާމާ މަކުނު ބޯކިބާ ކާލި ގޮތަށް ކެނެރީގޭ ނަޝީދަށް މަޖިލީހުގެ ރައީސްކަން ލިބިގެންނެވެ. 

އެހާލަތުގައި އެއީ ރަނގަޅު ނިންމުމެކެވެ. މެޖޯރިޓީ ޕާޓީގެ ރައީސަކީ އޭރު ނަޝީދެވެ. އެހެންކަމުން ރީތި ގޮތަކީ މެޖޯރިޓީ ޕާޓީގެ ރައީސް މަޖިލީހުގެ ރިޔާސަތުގައި ވެޑުވުމެވެ. ގައުމުގެ ތިން ބާރުން އެއްބާރުގެ ވެރިއަކަށް މެޖޯރިޓީ ޕާޓީގެ ރައީސް އިސްކުރުމަކީ ޑިމޮކްރެޓިކް ރިވެތި ހަމައެކެވެ. ގޯހަކަށްވީ މަޖިލީހުގެ ރައީސްކަމަށް އިސްކުރި މީހާގެ ގޭތެރެއިން މަޖިލީހުގެ ނައިބު ރައީސް ނެގުމެވެ. ކެނެރީގޭ ނަޝީދުގެ ނައިބުކަމަށް ކެނެރީގެ އީވާ އިންތިހާބު ކުރުމެވެ. އެދެމީހުންގެ އާއިލީ މަސްލަހަތު އޮތުމެވެ. 

މަޖިލީހުގެ ގިނަ ކަންކަމުގައި މަސްލަހަތު ފުށުއެރުން ބޮޑުވެ މަޖިލީހަކީ ގ. ކެނެރީގޭ ބޮޑުއައްޓަށް ބަދަލުވެގެން ދިޔައީ އެއްކަމަކުން ދެކަމަކުން ނޫނެވެ. އެއްދުވަހަކުން ދެދުވަހަކުން ވެސް ނޫނެވެ. ނަޝީދާއި އީވާ އެމްޑީޕީ ދޫކޮށް އެމީހުންގެ މަގާމުގެ ބޭނުން މެޖޯރިޓީއާ ދެކޮޅަށް ހިފަން ފެށުމުން ކުރެވުނު ކަމުގެ މޮޔަކަން އެމްޑީޕީއަށް މިހާރު އެވަނީ އިހުސާސް ވެފައެވެ. މަޖިލީހުގައި މެޖޯރިޓީގެ ބާރު އެކީ އެކައްޗަކަށް ރިޔާސަތުން ކަނޑުވާލައިފިއެވެ. ރިޔާސަތުގައި ތިބި ދެބެން ރައްޔިތުންގެ އިހުސާސްތަކުގައި ފާޅުގައި އެދަނީ ކޮޅުފައިން ޖަހަމުންނެވެ. މަޖިލީހުގެ ނަމުގައި ކުރާނެ ކަމެއް ކުރަމުން ދަނީއެވެ. މެޖޯރިޓީ އޮތްތާކު އޮތީއެވެ. ވާކަމެއް ހަރާމުން ހަރާމެވެ. ވޯޓެއް ކޯޓެއް ކެނެރީގޭ ދެެބެންނަކަށް ނެތެވެ.  

]]>
Mon, 13 Nov 2023 13:30:19 +0500 ހީރަސްނިއުސް