Maldives Real Time Facts & : ބަރުލަމާނީ https://heerasnews.com/rss/category/ބަރުލަމާނީ Maldives Real Time Facts & : ބަރުލަމާނީ dv ކޮޕީރައިޓް: Heerasnews llp (P013622021) ބޭނުންހާ ކަމެއް މުއިއްޒު ކުރާކަށް ހުރަހެއްނެތް https://heerasnews.com/2435 https://heerasnews.com/2435 ދައުލަތުގެ ހަރަދުކުޑަކޮށް އިސްރާފު ކުރުމެއްނެތް އުފެއްދުންތެރި ދައުލަތަކަށް ބަދަލު ކޮށްލުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ސަރުކާރަށް ހުރަހެއް ނެތެވެ. ނަތީޖާ ނެރެދޭ ވެރިކަމަކަށް ބޭނުންވާ އެންމެހާ ކަންކަން ކޮށްނިންމޭނެއެވެ. މިހާރު މުއިއްޒުއަށް ލިބިފައިވާ ބާރުތަކުން އަންނަނިވި ކަންކަން ނުކުރެވިގެން އުޅޭކަށް ނުޖެހޭނެއެވެ.

  • ސިޔާސީ މަގާމުތައް މަދުކުރެވޭނެއެވެ.
  • ސިވިލްސަރވިސްގެ މުސާރަ ބޮޑުކޮށް ހަމަހަމަ ކުރެވޭނެއެވެ.
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރުވުން ހުއްޓުވޭނެއެވެ.
  • މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވޭނެއެވެ. 
  • ދާއިރާގެ ރައްޔިތުންނަށް މެންބަރު ވަކިކުރޭވެނެ ގޮތް ހެދޭނެއެވެ.
  • މެންބަރުކަން ކުރާ މީހުނަށް އެލައުންސް ދިނުން ހުއްޓުވޭނެއެވެ.
  • ފަޑިޔާރުންގެ މުސާރައާއި އެލަވެންސް ހަމަމަަގަށް އެޅުވޭނެއެވެ. 
  • ސިޔާސީ ނުފޫޒުން ފަނޑިޔާރުގެ ސަލާމަތް ކުރެވޭނެއެވެ.

ގައުމުގެ އިގުތިސާދި ފުދުން ތެރިކަން އިތުރުވެ ދުނިޔޭގެ ފެންވަރުގެ ބިޔަ އިގްތިސާދަކަށް ރާއްޖެ ހެދެންވާނެއެވެ. އެމަގަށް ކުރުމަށް ވައުދުވެފައިވާ ކަންކަން ނިންމާ އޭގެ ނަފާ ރައްޔިތުންނަށް ހޯދާދެވެން ވާނެއެވެ. 

  • ވައުދުވެފައިވާ އެއަރޕޯޓްތައް އަޅާ ނިންމަންވާނެއެވެ.
  • ވައުދުވެފައިވާ ވަރަށް 20 މިލިޔަން ފަތުރުވެރިން ގެނެވެންވާނެއެވެ.
  • ވައިގެ އުދުހުންތަކުގެ އަގު ހެޔޮ ކުރެވެންވާނެއެވެ.
  • ރައްޔިތުންނަށް ފުދޭ މިންވަރަށް ކާބޯތަކެތި ރާއްޖޭގައި އުފައްދަން ޖެހޭނެއެވެ. 
  • ޓޫރިޒަމް ނޫން އެހެން އިންޑަސްޓްރީތައް ރާއްޖޭގައި ކޮޅަށް ޖެހެންވާނެއެވެ. 
  • އީއީޒެޑްގެ ކަނޑާ ކަނޑު އަޑީގެ ފުރިހަމަ މަންފާ ހޯދެންވާނެއެވެ.
  • ރާއްޖޭގެ އެކި ހިސާބުގައި ބަންކަރިންގ ހިދުމަތް ދެވެންވާނެއެވެ. 
  • ދެކުނު ކަނޑުގެ އިގްތިށަދީ ސަރަހައްދުގެ 200 މޭލު ހަމަޔަށް ހޯދެންވާނެއެވެ.
  • ޓަނަލްއަޅާ ބްރިޖުން ގުޅަންޖެހޭ ހުރިހާ ތަނެއް ގުޅާލެވެންވާނެއެވެ. 

ގައުމިއްޔަތާއި ސިޔާދަތުގެ ރަތްރޮގު ފަލަކޮށް ދަމާލެވޭ ވަރަށް ބާރު އޮތީ ދީފައެވެ. ލިބިއޮތް ބާރުން ބާރުލިބިގެން އެކަން ކުރާކަށްވެސް ހުރަހެއް ނެތެވެ. 

  • ބޭރު ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެއެވެ.
  • ސަވައިލެންސާއި ކުއްލި ހާލަތުގައި ބޭރުގެ މަދަނީ ބަޔަކު ނުތިބޭނެއެވެ. 
  • ހައިޑްރޮގްރަފީ އެއްވެސްކަމެއް ބޭރު ބަޔަކު ލައްވާ ނުކުރުވާނެއެވެ.
  • ކަނޑާ ވައިގެ މަގުން ސަރަހައްދު ބަލަހައްޓާނީ ދިވެހިންނެވެ. 
  • ދިވެހި ބަހުން ނޫނީ ރަސްމީ އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ.
  • ޅެމުން ނަފްސާނީ ފަރުވާ ދޭން ފެށޭނެއެވެ. 
  • ސްކޫލުތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވާދެވޭނީ ދިވެހި ބަހުންނެވެ. 

މިހުރިއްޔަކީ ސަމާސާ ކަންކަމެއް ނޫނެވެ. މިހެން އިނދެ ވިސްނާލުމުން ހަނދާނަށް އައި ބައެއް ކަންކަން ހިއްސާކޮށްލީއެވެ. އެހެން ނޫނަސް އެއޮތް ބޮޑު މެނެފެސްޓޯއާއި މެންބަރުން ހޮވުމަށާއި ވެރިކަމަށް ވީހާ ވައުދުތައް ފުއްދާން މަޖިލިސް ނުލިބިގެން އުޅޭކަށް ގައިމު ނުޖެހޭނެއެވެ. ބަލަން ތިބެމާ ހިނގާށެވެ. 

]]>
Mon, 29 Apr 2024 17:31:41 +0500 ހީރަސްނިއުސް
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ޖަވާބުދާރީ ކުރުވަންޖެހޭ: ސަލީމް https://heerasnews.com/2257 https://heerasnews.com/2257 ގާނޫނުއަސާސީން މިނިސްޓަރުންނާ ސުވާލު ކުރުމުގެ ހައްގު ވަރަށް ފުޅާކޮށް ދީފައި އޮވެއެވެ. އިތުރު ގާނޫނެއް އެކަމަށް އޮތުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމު އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނެސްދެއްވައިފިއެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނާ ހެދި، ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި މެމްބަރުންނަށް، މިނިސްޓަރުންނާ ސުވާލުކުރަން ދީފައިވާ ހައްގު ހަނިވާ ކަމަށް ވެސް އަހުމަދު ސަލީމު ވިދާޅުވެއެވެ. މިނިސްޓަރުންނާ ސުވާލު ކުރުމާ ގުޅޭ ތަފްސީލްތައް ގާނޫނުއަސާސީއަށް ފުށުނާރާ ގޮތަށް ހިމަނަން ޖެހެނީ މަޖިލީހުގެ ގަވައިދުގައި ކަމަށް ސަލީމް ވިދާޅުވެއެވެ. 

ދުނިޔޭގެ ރިޔާސީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި އޮންނަގޮތް ސަލީމު ވިދާޅުވެ ދެއްވިއެވެ. "ވަޒީރުން މަޖިލީހުގެ މެންބަރުންނާ ސުވާލު ކުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަނޑައަޅާފައި އޮންނަނީ ހައުސް ރޫލްސްގެ ތެރޭގައި. ނުވަތަ މަޖިލިސް ހިންގާ ގަވައިދުގެ ތެރޭގައި،" ގައެވެ. 

ހައްސާސީ މުހިންމު ކަންކަމުގައި މިނިސްޓަރުން ނޯޓިސް ދިނުމަކާ ނުލައި ހާޒިރު ކުރަން ވެސް ގާނޫނު އަސާސީން މަޖިލީހަށް ފުރުސަތު ދެއެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ މިހާރު އޮތް ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު ކަމަށް މެންބަރު ސަލީމް ވިދާޅުވެއެވެ.

ގާނޫނުއަސާސީން ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާ މަޖިލީހަށް ދީފައިވާއިރު، ގާނޫނުގައި ހަމައެކަނި މިނިސްޓަރުންނާ ސުވާލުކުރުން ކަމަށް ބަޔާންކޮށްފައި އޮތުމަކީ ޖަވާބުދާރީކުރުވަން ވަރަށް ބޮޑަށް ހުރަސް އަޅާ ކަމެކެވެ.

މަޖިލީހުގެ ނައިބު ރައީސް ވިދާޅުވާ ގޮތުގައި " ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަކަށް ނޫން. އެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައިސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް. ގާނޫނުއަސާސީގައި މި ބުނަނީ ސަރުކާރުގެ އެހެން ވެސް މަގާމެއްގައި ހުރި މީހަކު އެމީހެއްގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ޖަވާބުދާރީވާން ޖެހޭނެ،" އެވެ. ގާނޫނުއަސާސީ ބައްޓަން ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހެއެވެ. ހަމައެކަނި މިނިސްޓަރުންނަށް މަޖިލީހަށް ޖަވާބުދާރީވުން މަޖުބޫރުކޮށްގެން ތިބުމަކީ މަޖިލީހަށް އޮތް ސަރުކާރު ޖަވާބުދާރީކުރުވުން ހަނިކުރުން ކަމަށް ސަލީމް ސިފަކުރައްވައެވެ. 

އަނެއްކޮޅުން ރައިސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބު ޖަވާބުދާރީވާން ޖެހޭ ވަރަށް ހާއްސަ ހާލަތްތައް ވެސް އެބަހުއްޓެވެ. އެކަމަށް އިޖުރާއަތެއް މަޖިލީހުގައި ހެދިފައި ނެތުމުން އެކަން މިހާތަނަށް ކުރެވިފައިނުވާ ކަން ސަލީމް ފާހަގަ ކުރައްވައެވެ. އެހެންކަމުން 

އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސަރުކާރުގެ އެހެން ވެރިން ވެސް މަޖިލީހަށް ޖަވާބުދާރީ ކުރުވޭނެ އިޖުރާއަތްތައް މަޖިލީހުގެ ގަވައިދުގައި ހިމަނަން ޖެހެއެވެ. "އެކަން އެ މަގު ހިނގަން މަޖިލީހަށް ލާޒިމް، ވާޖިބު ކަމެއް. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާ. އެހެންވެ އަޅުގަނޑުގެ ހުށަހެޅުމަކީ ވަޒީރުންނަށް ސުވާލު ކުރުމުގެ ގާނޫނު އުވާލައި، ގާނޫނުއަސާސީން ލިބިދޭ ސަރުކާރު ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހޭ ގެންނަން ޖެހޭ އިސްލާހުތައް ގަވައިދަށް ގެނައުން،" ސަލީމް ވިދާޅުވި އެވެ.

]]>
Tue, 13 Feb 2024 13:06:26 +0500 ހީރަސްނިއުސް
ދަ ޑިމޮކްރެޓްސް ރުއްސައިގެން މުއިއްޒަށް ވާނެ މޮޅެއްނެތް https://heerasnews.com/2003 https://heerasnews.com/2003 އިންތިހާބީ ރައީސް 17 ނޮވެންބަރގައި ކުރައްވާ ހުވާއަކީ ސައްހަ ހުވައެއް ނޫންކަމަށް ހަދަން އުޅުނީ ކޮން ބައެއްކަމާއި ބަޖެޓް ފާސްކުރިޔަ ނުދޭން އުޅެނީ ކޮންބައެއްކަން މިއަދު މަޖިލީހުގެ ތަޅުމުގައި ހިންގާ ކަންކަމުން ސާފެވެ. މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން ގައުމު ފާލުން ނައްޓުވާލަން ދަ ޑިމޮކްރެޓްސް ކުރިހާ މަސައްކަތް ބޭކާރުވެ ބޭޒާރު ވެއްޖެއެވެ. ހިނގާ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްވިޔަނުދީ ސަރުކާރު ކޮށިއަރުވާލަން ހިންގި ހީލަތްތެރި ރޭވުން ފޭލިކޮށް ލެވިއްޖެއެވެ. ފެށޭ އައު ސަރުކާރަށް ބަޖެޓްނުދީ ދައުލަތް ހުއްޓުވާލަން ކުރި މަސައްކަތް ބޭކާރު ކޮށްލެވިއްޖެއެވެ. 

ދަ ޑިމޮކްރެޓްސްއަށް ހަދާނެ ނުހަދާނެ އެއްޗެއް ނޭނގި އަރާނެ ނާރާނެ ފަޅިއެއް ނޭނގި އޮޔާދާ ބޮނބި ގަނޑެއްހެން އެނބުރުނަކަސް އެމްޑީޕީ އޮތީ ރަނގަޅު ޓްރެކްގައި ރަނގަޅު މިސްރާބުގައެވެ. އެމްޑީޕީ އޮތީ ރިޔާސީ އިންތިހާބުން ވީ ބަލި ގަބޫލުކޮށް އިންތިހާބީ ރައީސަށް ހެޔޮވެރިކަމެއް ކުރުމަށް ޖާގަ ދީގެން ޒިންމަދާރު އިދިކޮޅު ޕާޓީގެ ގޮތުގައެވެ. ގައުމާ ރައްޔިތުންނަށް ވާން އޮތް ރަނގަޅެއް ހޯދާ ދިނުމުގައެވެ. 

ލިބިއޮތް ބާރެއް ގެއްލިގެން މޮޔަގެރި ހެދިގެން އެމްޑީޕީ ނޫޅެއެވެ. ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސަށް ހެޔޮވެރިކަމެއް ކުރެވޭނެ މާހައުލެއް ހަދާ ދިނުމަކީ އެމްޑީޕީން މަސައްކަތްކުރި ގޮތެވެ. އައު ރައީސް ހުވާކުރާ ޖަލްސާއަކީ އެ ޖަލްސާގެ ސައްހަކަމާ މެދު ސުވާލު ނުއުފެއްދޭނެ ޖަލްސާއަކަށް ހެދުމަށް އެމްޑީޕީން ކުރި މަސައްކަތް ކާމިޔާބުކޮށްފިއެވެ. އައު ރައީސް ހުވާކުރާ ޖަލްސާގެ ސައްހަކަމާމެދު ސުވާލު އުފެއްދޭކަށް މިހާރަކު ނުއޮންނާނެއެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ މަގާމުގެ ސައްހަކަމާ މެދު ސުވާލެއް ނެތް މަޖިލީހުގެ މެންބަރުންގެ އިތުބާރު އޮތް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. 

އައު ރައީސް ޑރ. މުއިއްޒު ގާނޫނީ ހުވާ ކުރައްވާ ވެރިކަމުގެ ދައުރު ފައްޓަވާނީ އެއްވެސް ހާސްކަމެއް ނުތަނަވަސް ކަމެއްނެތި ހިތްޕުޅު ހަމަޖެހި ވަޑައިގެން ހުންނަވައެވެ. ހުވާކުރައްވާ މަޖިލީހުގެ ޖަލްސާގެ ސައްހަކަމާމެދު އުފައްދާނެ ސުވާލެއް ނެތީމައެވެ. ބަޖެޓް ފާސްނުވެގެން ބަޖެޓް ނުލިބުމުގެ ބިރުވެރިކަން ފިލާ ގޮސްފައިވާތީއެވެ. ސަރުކާރުގެ އޮނިގަނޑާއި ވަޒީރުންގެ މަޖިލިހަށް ރުހުން ނުދިނުމަށް އޮތް ބިރުވެރިކަން ނެތި ދިޔުމުންނެވެ.

ގަބޫލުކުރިޔަސް ނުކުރިޔަސް މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ތާއީދާ މަދަދު ނުލިބި ވެރިކަމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިވަގުތު މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ އަދިވެސް އެމްޑީޕީއަށެވެ. ވެރިކަން އޮތަސް މަޖިލީހުގެ މެޖޯރިޓީ ޕާޓީއާ ދެކޮޅަށް ވެރިކަން ކުރަން ދިމާކޮށްފި ވެރިއަކަށް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ރާއްޖޭގައި ގާނޫނޫ އަސާސީ ތަރުތީބު ވެފާ އޮތްގޮތުން ފަނޑިޔާރު ގެއާއި މިނިވަން މުއައްސަސާތަކުގެ ފުރިހަމަ ބާރުވެރިކަން އޮތީ މަޖިލީހަށެވެ. ވަޒީރުން މަގާމުގައި ދެމި ތިބުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމަކީ އެހާމެ މުހިންމު ކަމެކެވެ. 

ރަނގަޅު އަދަދަކަށް މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ނެތް ސަރުކާރަކަށް މެޖޯރިޓީ ޕާޓީގެ އެއްބާރުލުން ހޯދުން ނިހާޔަތަށް ބޭނުން ވާނެއެވެ. އަމްދުން މެޖޯރިޓީ ޕާޓީއާއި ފިކުރު ތަފާތު އެންމެން އެއްވެގެންވެސް މަޖިލީހުގެ މެޖޯރިޓީ އަނބުރާ ނުލެވޭ ހާލަތުގައި އޮތް މަޖިލީހަކުން ކަންކަން ނިންމުމަށް މެޖޯރިޓީ ޕާޓީގެ ރުހުން ސަރުކާރަށް އިންތިހާއަށް ބޭނުންވާނެއެވެ. އެހެން ކަމުން ދަ ޑިމޮކްރެޓްސް ރުއްސައިގެން މުއިއްޒަށް ވާނެ މޮޅެއްނެތެވެ.  

]]>
Tue, 14 Nov 2023 12:18:15 +0500 ހީރަސްނިއުސް
19ވަނަ މަޖިލީހުގެ އުމުރުހަމަވާނީ ރައީސަކަށް ނަޝީދު ހުރެ! https://heerasnews.com/1987 https://heerasnews.com/1987 ތެދެކެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު ކަމަށްވާނީ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުމުންނެވެ. އެހެން ކަމުން އިތުބާރުނެތް ކަމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ލިބުމުން ހިންގާ ނިންމަން ޖެހޭ އިޖުރާތުތައް ހިންގާ ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މަޖިލީހުން ނިންމަން ޖެހޭ އެހެން ކަންކަން ނިންމުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ސްޕްރީމް ކޯޓުން ބުނެފައި އެ އޮތީވެސް އެ ވާހަކައެވެ.

މަޖިލީހުގެ ރައީސް ކަމުގައި ހުރި ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހެޅިތާ 3 ދުވަހަށް ފަހު 14 ދުވަހުގެ ނޯޓިސް އޮތީ ދީފައެވެ. ނޯޓިސް މުއްދަތު ހަމަވެ ޖެހިގެން އައި ރަސްމީ ބަންދު ނޫން ދުވަހު ޖަލްސާއެއް ބާއްވާ އިތުބާރުގެ މައްސަލައަށް ގޮތެއް ނިންމުން މަޖިލީހަށް ލާޒިމެވެ. ވަކިމީހަކު ރިޔާސަތުގައި ނެތިގެން އެކަން ނުކޮށް ބޭއްވެން ނެތްކަމަށް ހެދި ހެދުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށްވެ ނިމިއްޖެއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ގަރާރު މަޖިލީހުގެ އިދާރާއަށް ލިބޭތާ ރަސްމީ ބަންދު ނޫން 18 ދުވަސް ހަމަވާ ދުވަހު އެކަމަށް ގޮތެއް ނިމިފައި އޮތުން ގާނޫނު އަސާސީ ލާޒިމު ކުރެއެވެ. އެއީ ނޯޓިސް ދޭން 3 ދުވަހާއި، ނޯޓިސްގެ މުއްދަތުގެ 14 ދުވަހާއި ޖަލްސާ ބާއްވާ ގަރާރު ހުށަހަޅާ ގޮތް ނިންމާ ދުވަހާއެކު ބަންދު ދުވަސްތައް ނުލާ ގުޅި ލާމެހިގެން މެދުކެނޑުމެއް ނެތި އަންނަ 18 ދުވަހެވެ. 

ނޯޓިހަށް 14 ދުވަސް ހަމަކޮށް އެންމެ ކުރިން އޮންނަ ރަސްމީ ބަންދު ނޫން ދުވަހު ކޮށް ނިންމަން އޮތްކަމެއް ކޮށް ނިންމި ނަމަ ބަޖެޓްގެ މައްސަލައެއް އިންތިހާބީ ރައީސްގެ ހުވާގެ މައްސަލައެއް އަދި އެނޫންވެސް ބޮޑުކަމެއް ކުރިމައްޗެއް ނުވާނެއެވެ. ވަކިތަރުތީބަކުން ކޮށް ނިންމަން އޮތްކަމެއް ނުކޮށް އޮވެގެން މައްސަލަތަކެއް ދިމާވެ އެކަންކަމާ ހަވާލާދީ ސްޕްރީމް ކޯޓުން ވަކި ގޮތަކަށް ހުކުމެއް ކުރާކަށް ނުޖެހުނީހެވެ. ސްޕްރީމް ކޯޓުގެ ހުކުމް ނެރެވުނަސް ހަގީގީ މައްސަލައަށް ފަރުވާއެއް ނުލިބެއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ނުނިންމާ ގާނޫނާ ހިލާފަށް އަމަލު ކުރުމުގެ ނަތީޖާއަކީ އަދި އަދަށްވެސް މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ނުނިމިއޮތުމެވެ.

ސްޕްރީމް ކޯޓު މެދުވެރިކޮށް ރިޔާސަތު ބަލަހައްޓާނެ ގޮތް ކަނޑައެޅިއްޖެއެވެ. އެހެނަސް މައްސަލައަށް ހައްލެއްނެތެވެ. ގާނޫނާ ހިލާފަށް އަމަލުކޮށްގެން މައްސަލަ ފަސްވެ ލަސްވެފާ ވިޔަސް އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށްގެން ރިޔާސަތުގައި އިންނަން ޖެހޭ މީހަކު އިނދެގެން ޖަލްސާ ފެށިދާނެއެވެ. މަޖިލީހުގެ ޖަލްސާއަށް އިތުބާރު ނެތްކަމުގެ ގަރާރު ހުށަހެޅިދާނެއެވެ. އިތުބާރު ނެތް މައްސަލައަށް ގޮތެއް ނުނިންމޭނެއެވެ. 

ނަޝީދުގެ އިތުބާރު ނެތް މައްސަލައަށް ގޮތް ނުނިންމޭނެ މައިގަނޑު ދެސަބަބެއް ކުރިމަތި ކުރުވާނެއެވެ. އެއް ސަބަބަކީ މަޖީލިހުގެ ރައީސް ޖަވާބުދާރީ ވުމަށާއި ދިފާއުވުމަށް ދޭފުރުސަތުގެ ބޭނުން ކުރުމަށް ޖަލްސާއަށް ހާޒިރުނުވެ ސަލާން ބުނުމެވެ. ގަސްތުގައި ފުރުސަތު ދޫކޮށްލާކަމަށް ނުހަދާ ބަލިހާލު ބޮޑުކަމުން މަޖިލީހަށް ހާޒިރު ނުވެވުމެވެ. މަގްބުލޫ ސަބަބަކާ ހުރެ ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ އިތުބާރު ނެތް މައްސަލައަށް ގޮތް ނުނިންމޭނެ ކަމަށްވެ ގޮތް ނުނިންމިގެން ދާނީއެވެ. 

ދެވަނަ ސަބަބަކީ ގަސްދުގައި ޖަލްސާގެ ނިޒާމު ގެއްލުވާލާ ޖަލްސާ ކުރިއަށް ނުގެންދެވުނީ ކަމަށް ހަދައިގެން ޖަލްސާ ހުއްޓާލުމެވެ. މިގޮތަށް ނިޒާމް ގެއްލުވާލާނީ ރިޔާސަތާ ގުޅިގެން ނަޝީދުގެ ވަފާތެރިންނެވެ. މިގޮތްގޮތަށް އެކިފަހަރު އެކި ގޮތަށް އަމަލުކޮށްގެން ގޮތް ނުނިންމާ ދަންމަލާނީ އިންތިހާބީ ރައީސް ހުވާކުރުމާ ހަމައަށް އެކަންޏެއް ނޫނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވަންދެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އޮންނާނީ ހުއްޓިފައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައަ ގުޅިގެން 9 ނޮވެމްބަރ 2023 ގައި ފައިސަލާ ކުރި ސްޕްރީމް ކޯޓްގެ ހުކުމުން ބާރު ލިބިގެން މަޖިލީހުގެ އެހެން ކަންކަން ބަރާބަރަށް ހިންގަމުން ދާނެއެވެ. 

]]>
Fri, 10 Nov 2023 12:03:36 +0500 ހީރަސްނިއުސް
އިތުބާރުނެތް ރައީސް ކުރިމަތީ ހުވާކުރާ ރައީސް ކޮން ރައީސް! https://heerasnews.com/1986 https://heerasnews.com/1986 އިތުބާރުނެތް މަޖިލިސް ރައީސްގެ ކުރިމަތީގައި އައު ރައީސް ހުވާކުރުވަން ނަޝީދު ގަޅާފައިވާ ފޫ އޭނަ މޮހައެއް ނުލާނެއެވެ. މަތިމައްޗަށް ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލިހުގައި އެޖެންޑާ ކުރިޔަސް އީވާ އެކަން ވިޔަކަ ނުދޭނެއެވެ. ނިޒާމު ނަގާލަމުން މަޖިލިސް ތަޅުން ހައިޖާނު ކުރަމުން ދަންމަމުން ގޮސް އެންމެ ފަހުން އައު ސަރުކާރު ހުވާ ކުރާ ދުވަސް ވެސް އަންނާނެއެވެ.

ބޭނުމަކީ އަންނަ ދައުރަށް ރާއްޖޭގެ ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ހުވާ އިތުބާރު ގެއްލި މަޖިލީހުގެ ރިޔާސަތަށް ގާނޫނީ ގޮތުން އެރުން ހުއްދަނެތް މަޖިލިސް ރައީސް އެއްގެ ކުރިމަތީގައި ހުވާ ކުރުން ނޫން ގޮތެއް ނެތް ވަރަށް ޑރ. މުއިއްޒަށް ގޮތް ހުސްކޮށްލުމެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމާ މެދު ސުވާލު އުފެދިއްޖެ ނަމަ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ހުންނަ އެކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.

މީހަކު ބުނެފާނެއެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އެއޮތީ ކަނޑައަޅާފައެވެ. ވީއިރު ދެން އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ މައްސަލަ ނެތަސް އޮތް ހަގީގަތެއް ނެތް ކަމަކަށް ސުޕްރީމު ކޯޓުން ކަނޑައެއް ނާޅައެވެ.

މިވަގުތު އޮތް އެންމެ ބޮޑު ހަގީގަތަކީ ރާއްޖޭގައި އިތުބާރު އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސެއް ނެތް ކަމެވެ. އެހެންވެ މަޖިލިސްގެ ރިޔާސަތު ބެލެހެއްޓުން ވެސް އެމީހާއަށް މިވަގުތު ހުއްދައެއް ނޫނެވެ. މަޖިލިސް ރައީސަކީ އިތުބާރު އޮތް، އަދި އެމަޖިލިހުގެ ރިޔާސަތު ބެލެހެއްޓުމުގެ ގާނޫނީ ޖާއިޒުކަން އޮތް މީހެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެއް ނާޅައެވެ. މިހާރު މިއޮތް ގޮތުން ޑރ. މުއިއްޒު ކުރައްވާ ހުވާ، ހުވަޔަކަށް ވިޔަސް އެ މީހެއްގެ ކުރިމަތީގައި އެ ހުވާ ކުރެވުނު ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ މަޖިލިހުގެ އިތުބާރު ގެއްލި ރިޔާސަތަށް ނޭރޭ މީހެއް ނޫން ކަމަކަށް ނުވާނެއެވެ. ނަމަވެސް އެއީ މިހާރު މިއޮތް ގޮތް ބަދަލު ނުވެއްޖެ ނަމައެވެ.  

ސުވާލެއް ނެތް މިންވަރަށް މިކަން ނިމޭނީ އިތުބާރު ނެތް މައްސަލައިގެ ވޯޓަށް އަހައިގެން މަޖިލިސް ރައީސަށް އިތުބާރު އޮތް ކަމަށް ފާސް ވުމެވެ. ނޫނީ އިތުބާރު އޮތް ބޭފުޅަކު ރައްޔިތުންގެ މަޖިލިސް ރައީސްގެ މަގާމަށް އެ މަޖިލިހުން ހޮއްވެވުމެވެ.

އެހެންނުވެ، މިދާ ގޮތަށް ހިނގައްޖެނަމަ ކިތަންމެ ޒަމާނެއް ވިޔަސް އޮންނާނީ ވަރަށް ހުތުރު ހަގީގަތެކެވެ. އެއީ ރާއްޖޭގެ ރައީސުން ކުރެ މަޖިލިހުގެ އިތުބާރާ މެދު ސުވާލު އުފެދިފައިހުރި މަޖިލިސް ރައީސެއްގެ ކުރިމަތީ ވެރިކަމުގެ ގާނޫނީ ހުވާ ކުރެއްވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ޑރ. މުހަންމަދު މުޢިއްޒު ވުމެވެ. ދަމާ ކޫއްތާފައި ވެސް ކަންތައް އެހާލަތަށް ގެންދިއުމަށް ބަޔަކު އެތިބީ އަރުވާ ޖަހައިގެންނެވެ.

]]>
Fri, 10 Nov 2023 09:23:49 +0500 ހީރަސްނިއުސް
ނަޝީދު މަޖިލިސް ރިޔާސަތަކުން ނުފައިބާނެ! https://heerasnews.com/1985 https://heerasnews.com/1985 ސުޕްރީމް ކޯޓުން ގޮތް ނިންމީމާ މަޖިލިސް ރިޔާސަތުން ނަޝީދު ބޭލުނީ ކަމަށް ހީކޮށް ތިޔަ ތިބީ ލައްކަ އުފަލަކުން ތާއެވެ. ބުނީމަ ގަބޫލު ކުރާށެވެ. ދެންވެސް އޭނާ އެތަނަކުން ނުފައިބާނެއެވެ.  

ޖަލްސާ ބޭއްވިދާނެއެވެ. އެކަމު އެ މަޖިލިސް ކުރިއަށް ދިޔަކަ ނުދޭނެއެވެ. އެތަނުގެ ނިޒާމު ނަގާލާނެއެވެ. ރިޔާސަތުގައި އެކަން ކުރުވަން އިންނާނީ އީވާއެވެ. އީވާ ނެތިއްޔާ ދެން ހުންނާނީ ޢަފީފެވެ. އެއީ ވެސް ހަމަ އެއަތު މީހެެކެވެ. 

ސުޕްރީމް ކޯޓުން ބުނީ ފަހަރަކު މީހަކު ރިޔާސަތަށް ލައިގެން ވެސް ޖަލްސާތަށް ހިނގަންވާނެ ވާހަކައެވެ. އެބުނާ ފަހަރަކު މީހަކު ރިޔާސަތަށް އެރޭނީ އީވާއާ އަފީފުގެ އަތްދަށުން އެމީހާއަށް ރިޔާސަތަށް އެރިގެންތާއެވެ. އެހެން މީހަކު ރިޔާސަތަށް އެރިޔަ ދީފާނެ ހެއްޔެވެ؟ ތިޔަ ބަހުސެއްކޮށް ވޯޓެއް ނަގާނެ އެެހެން މީހަކު ރިޔާސަތަށް އެރިޔަ ނުދީ މުއިއްޒުގެ ހުވަޔާ ހަމައަށް މި ހައިޖާނު ދުއްވާލާނެއެވެ. ފަހަރުގައި 19 ވަނަ މަޖިލީހުގެ އުމުރު ހަމަވަން ދެންނެވެ. އެއީ ނަޝީދު މިހާރު ކުރަން އުޅޭ ކަންތަކެވެ.

މަޖިލިހުގެ އިތުބާރު ނަޝީދަށް ނެތަސް މުއިއްޒުގެ ހުވާ ކުރުމަށް ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ. ނަޝީދު އެހުރީ އެކަން ކުރަން ވެގެންނެވެ. ރީތި ހުތުރާ ޑިމޮކްރަސީއަކީ އަދި ވެދާނެ ގެއްލުމަކީ ނަޝީދު މިހާރު ވިސްނާ ކަންކަން ހެނެއް ހިޔެއް ނުވެއެވެ.

ނަޝީދު އަރާއިން ގޮނޑިއަކުން އޭނަ ބޭލޭނެ ގޮތަށް ބާލާފައި އެވަނީ 2012 ފެބްރުވަރީ 7 ގައެވެ. އެދުވަހު އެގެއްލުނު އެތީގެ ބޮޑުކަމުން ކޮށްފައިވާ އަސަރެއްގެ ސަބަބުން ގައުމާ ރައްޔިތުންނަށް ކޮންމެ އެއްޗެއް ގެއްލުނަސް އޭނާއަށް މިހާރު ވަރިހަމައޭ މިހާރު ހީވެއެވެ. ރިޔާސީ އިންތިޚާބުގައި ވެސް ނަޝީދު ނުކުމެ ހުރީ އެގޮތަށެވެ. ދެންވެސް އޭނާ ބަދަލެއް ނުވާނެއެވެ.

]]>
Thu, 09 Nov 2023 20:09:44 +0500 ހީރަސްނިއުސް
ކުރިމަތިލެވިދާނެ! މަސައްކަތަކަށް ތައްޔާރުތަ! https://heerasnews.com/1969 https://heerasnews.com/1969

- ހިލް ހިލްމީ - 

މަޝްހޫރު ޕޮލިޓިކަލް ފިލޯސޮފަރ ޖޯން ލޮކް ފަރުދީ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމުގެ މުހިންމުކަމާއިމެދު އަލިއަޅުވާލަމުން ބުނެފައިވެއެވެ. "މަޖިލިސް މެމްބަރުންނަކީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ބެލެހެއްޓުމުގައި އަމާނާތްތެރިންގެ  ގޮތުގައި ހަރަކާތްތެރިވާ  ބަޔަކަށްވުމާއި، ގާނޫނަށާއި ގާނޫނީ ވެރިކަމަށް ތަބާވުމަށް ޚާއްސަވާންޖެހޭ ބައެކެވެ."

ފިލޯސޮފަރުން މީގެ އެތަށް ސަތޭކަ އަހަރު ކުރިން މިހެން ބުނެފައިވާއިރު މިގައުމުގައި ވެސް އާދަކާދައިގެ މަތީންނާއި ގާނޫނީ ހަމައިގެ ތެރެއިން ދައުރު ނިމެންކައިރިވުމުން މަޖިލިހަށް ކުރިމަތިލާ މީހުން އެކިއެކި ވައުދުތަކާއި އެކު ޑިމޮކްރަސީގެ ފޮނިމީރުކަމުގެ ތެރެއިން ގައުމަށާއި އެމީހަކު ކުރިމަތިލާ ދާއިރާއަށް ހެޔޮބަދަލު ގެނައުމުގައި ހުންނާނެވާހަކަ ދައްކަމުން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތިލާ މޫސުން އަތުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބު ނިމި އެކަމުގައި އުޅުނު މީހުން ވަރުބަލި ނުފިލަނީސް ކުރިމަތިލުމުގެ ވާހަކަ ދައްކަނީ އެންމެންނަށްވެސް ކުރިމަތިލުމުގެ ހައްގު އޮންނާތީއެވެ. އެކަމާއިމެދަކު ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. 

ގާނޫނުގައި މެންބަރުންގެ ޝަރުތުގެ ގޮތުގައި އޮންނަނީ؛-

1. ދިވެހި ރައްޔިތަކަށްވުން،

2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން،

3. މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން،

4. އުމުރުން 18 އަހަރު ފުރިފައިވުން 

5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

މިހެން މިކަން އޮތެއްކަމަކު ކުރިމަތިލުމުގެ ދޮރު ހުޅުވެމުންދާއިރު، ކުރިމަތިލާ މީހުން އަޅުގަނޑުމެންގެ ގައުމާއި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް އެމީހުންގެ ދައުރާއި ޒިންމާތައް އުފުލަން ހަގީގަތުގައި ތައްޔާރުތޯ ސުވާލު އުފެދުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ. 

ފަސްއަހަރަކުން އެއްފަހަރު ބާއްވާ މިގައުމުގެ މަޖިލިސް އިންތިޚާބުގައި އެތައް ދާއިރާއެއް ހިމެނޭއިރު، ކޮންމެ ދާއިރާއެއްގައިވެސް އެކި ޕާޓީތަކުންނާއި މިނިވަން ހައިސިއްޔަތުން ކުރިމަތިލާ އެތައް ކެންޑިޑޭޓުންނެއް ތިބެއެވެ. ކުރިންވެސް ދެންނެވިހެން އަޅުގަޑުމެންގެ ގާނޫނު އަސާސީގައި ހައްގު ދެވިފައިއޮތްގޮތުގެ މަތީން ޝަރުތު ހަމަވެގެން އެންމެ ފަހުން މަޖިލިހުގެ ގޮނޑިތަކާއި ހަވާލުވި މީހުންގެ ހުރި ގާބިލުކަމަކާއި އެކަމަށް އެކަށީގެންވީވަރާއިމެދު ކަންބޮޑުވުން އުފެދިފައިވެއެވެ. ކުރިއާއި ޚިލާފަށް މަޖިލިސް ޓީވީތަކުން ފެންނާތީ އެ މެމްބަރުން ދެއްކި ސުލޫކަކާއި ދެއްކި އުފެއްދުންތެރިކަމެއް ނުވަތަ ދެއްކި ވާހަކައިގެ މައްޗަށް ބަލައި ދެން އެތަނަށް މީހަކު ފޮނުވުމުގައި ގެންގުޅެންޖެހޭ ވިސްނުމަކާއި ނިންމުމެއް އޮތުމަކީ އަޅުގަނޑުމެން އެންމެންގެ މަސްލަހަތާއި ގުޅިފައި އޮތް ކަމެކެވެ. 

އަހަރެންގެ ޕާޓީ މީހާވީމަ ނޫނީ އެންމެ ނުފޫޒު ގަދަ މީހާ ބުނި މީހާވީމަ އެމީހަކު މަޖިލިހަށް ފޮނުވުމަކީ ތިމާ އަރާ ހުރި ގޮފިގަނޑު ކަނޑާލުންފަދަ ކަމެއްކަން މިހާރު ވިސްނެން ވެއްޖެއެވެ. މަޖިލިހަށް މީހުން ހޮވުމުގައި އެމީހެއްގެ ހުރި ލަޔާގަތަކަށާއި އިލްމަށް އަދި ތަޖުރިބާއާއި ފާއިތުވެ ދިޔަ ޒަމާންތަކުގައި އެމީހަކުގެ އުޅުންބުޅުން ހުރިގޮތް އަދި އެމީހެއްގެ ކިބައިގައި މީހުންނާއިމެދު ކުލުނު ހުރިވަރަކާއި ތެދުވެރިކަން ސާބިތުކުރިވަރާއި މެދު ވިސްނީ ވަރަށް މަދުބަޔެކެވެ. މިހާލަތުގައި ގޮތް ނިންމުމުން ނިކުތް ނަތީޖާއަކީ މަޖިލިހަކީ ގޭތެރޭ މައިންބަފައިންގެ ތެރޭ ބަލަން ކަމުނުދާހާ ދަށްފެންވަރުގެ ތަނަކަށް އެތަން ބަދަލުވުމެވެ. މިއީ މިއޮތް ތަހުޒީބު ޒަމާނު، މިގައުމުގައި މިއޮތްހާ ތައުލީމީ ޖީލަށް ކުރެވޭ މަލާމާތެކެވެ. އަހަރުމެންގެ އަމިއްލަ ނަފުސު އެންމެ ޖާހިލިއްޔަ ޒަމާނަށް ގެންދެވޭ އަމަލެކެވެ.

އަނެއްކާވެސް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބެއް ބޯމަތިވެފައިވާއިރު، އަޅުގަޑުމެން އެންމެހައި ރައްޔިތުން ތަމްސީލުކޮށް އެމަޖިލިހުގައި ވާހަކަ ދައްކާ ވަކާލާތު ކުރަން ދިއުމުގެ ޝައުގުވެރިކަން ހުރި، ހުރިހާ ދާއިރާއަކަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ސުވާލުތަކެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަޖިލިސް މެމްބަރެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ހަގީގަތުގައިވެސް ތައްޔާރުތޯ އަހަން އެބަޖެހެއެވެ. ލަގަބުގެ ޝައުގުވެރިކަން އެއްކިބާކޮށް ތިމާ ކުރިމަތިލާން ގަސްތުކުރާ ދާއިރާގެ ކަންކަމާއިމެދު ދިރާސާކޮށް ތިމާއަށް އޮތީ ބެލިފައިތޯ އާއި އެފަދަ ކަންކަމާއި ވަކާލާތުކޮށް، އެކިއެކި ދޮރޯށިން ވަދެ ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އެކު ވާހަކަ ދައްކާ ހައްލު  ހޯދުމުގެ ބަރުދަން އުފުލުމުގެ ހަކަތައާއި މައުލޫމާތު އެބަހުރިތޯ އަހަން އެބަޖެހެއެވެ. ރައްޔިތުންނާއި ބައްދަލުކޮށް މުޅި ޖުމްލަ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައި ދިރާސާކޮށް އެކަމާއިމެދު ހަދަންޖެހޭ މައުނަވީ ރިޕޯޓު ހެދުމުގެ ފެންވަރު އެބަހުރިތޯ ސުވާލު ކުރަން އެބަޖެހެއެވެ. ހުށަހެޅޭ ބިލުތަކާއިމެދު ވާހަކަ ދެއްކުމަށް ކުރަންޖެހޭ ދިރާސާތަކާއި ކަމާއި ގުޅުން ހުރި ދިމަދިމާލުން ރައުޔު ހޯދުމާއި ދުނިޔޭގެ ކުރިއަރާތިބި އެކިއެކި ގައުމުތަކުގައި އެފަދަ ކަންކަން ކުރިއިރު ދިމާވި ޗެލެންޖުތަކާއި އެއިން އަރައިގަތްގޮތް ބަލާ ހޯދާނެ ގާބިލުކަން އެބަހުރިތޯ އަހަންޖެހެވެ.

 

ރައްޔިތުންގެ މަޖިލިހަކީ ތިމާއަތުގަ ފައިސާ  ހުރުމުން މީހުންގެ ހާލަތާއި ކުޅެ ކާމިޔާބުކޮށްގެންގޮސް ވަދެ ތިމާގެ ޖާހާއި ތަނަވަސްކަން އިތުރު ކުރަންއޮތް މައިދާނަކަށް ނުވަތަ ބާޒާރަކަށް ހެދިޔަ ދީގެން ވާކަށްނެތެވެ. ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި މަޖިލިހަކީ މުހިންމު ދައުރެއް ކުޅެންޖެހޭ އެންމެހައި ރައްޔިތުންގެ ޖަޒުބާތާއި ދިރިއުޅުން އަދި މުޅި ދިރިއުޅުމާއި ގުޅިފައިވާ ރައްޔިތުންގެ ވިންދާއިއެކު ހިނގަންޖެހޭ ތަނެކެވެ.  

ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ރައްޔިތުންނާއި ގުޅުންހުރި ހުރިހާކަމެއް ވަރަށް ސާފުކޮށް އެނގެންޖެހޭ ބައެކެވެ. ކުރިމަތިލާ ދާއިރާއަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް ސާފުކޮށް އެނގޭތޯ؟ ތިޔަ ދާއިރާއަށް ކަނޑައެޅިފައިއޮތް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ތަކާއި މެދު ވިސްނާ ހެދިންތޯ؟ އެއިން ކަމެއް ތިޔަ ދާއިރާއަށް ކަނޑައެޅިފައިއޮވެ އެކަން ނުވެދިޔަ ސަބަބާއި މެދު ވިސްނާ ބެލިންތޯ؟ ދާއިރާ އަށާއި މުޅި ގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ލިބިފައިވާ ފައިސާ ހޭދަވީ ކިހިނެއްތޯ ބަލާ ހޯދާނެ ގޮތެއް އެނގޭތޯ؟ އިގުތިސާދީ ބަހުރުވަ އަޑުއަހައި އިގުތިސާދީ ބަހުރުވައިން ވާހަކަ ދައްކަން އެނގުމަކީ މަޖިލިސް މެމްބަރުންގައި ހުންނަންޖެހޭ މުހިންމު ސިފައެއްކަން އެނގޭތޯ؟ ގައުމުގެ އިގުތިސާދީ، އިޖުތިމާއީ، އަދި ސިއްހަތާއިބެހޭ ސިޔާސަތު ރަގަޅަށް އޮޅުންފިލާތޯ؟ ތިމާ ކުރިމަތިލާ ދާއިރާއަށް މިދެންނެވި ކަންކަން އުނިވެފައިވަނީ ކިހާވަރަކަށްކަން އެނގޭތޯ؟ ދިރިއުޅޭ އަމިއްލަ ރަށް ދޫކޮށް ވެރިކަންކުރާ ރަށަށް އައިސް ދިރިއުޅެނީ ކޮން ސަބަބުތަކަކާއިހުރެކަން އެނގޭތޯ؟ އެއްވެސް އިންސާނަކު އުފަލާއިއަރާމު ދޫކޮށް ދަތިއުނދަގޫ ގޮތް ޚިޔާރުކުރަނީ ކޮން ކަންކަމެއްގެ އަސާސަށް ބިނާކޮށްކަން އެނގޭތޯ؟ މިކަންކަމާއިމެދު މަޝްހޫރު ޕޮލިޓިކަލް ފިލޯސޮފަރ އެރިސްޓޯޓްލް ވިދާޅުވެފައިވަނީ ނުވަތަ އެރިސްޓޮޓްލް ގަބޫލުކުރެއްވީ "ފްރޮނެސިސް" ނުވަތަ އަމަލީ ޙިކުމަތަކީ ރަނގަޅު ސިޔާސީ މީހަކަށް މުހިންމު ސިފައެއްގެ ގޮތުގައެވެ. އޭނާ އަދިވެސް ވިދާޅުވީ "މަޖިލީހުގެ މެންބަރުންގެ ކިބައިގައި ރަނގަޅު ނިންމުންތަކެއް ނިންމުމުގެ ގާބިލްކަމާއި، ދާއިރާގެ ރައްޔިތުންގެ ބޭނުންތައް ރަނގަޅަށް އެނގި، އާންމު ހެޔޮކަމުގެ ފުން ވިސްނުމެއް އޮންނަން ޖެހޭނެއެވެ."

މިކަންކަން ހައްލުކޮށް ކުރިމަގަށް ފަހިވާނެ ލަނޑުދަނޑިއެއް ހިފައިގެންނޫނީ ރައްޔިތުން ކައިރިއަށް ވޯޓުގެ ވާހަކަ ދައްކަން ދިއުން ހުއްޓުވަން އެބަޖެހެއެވެ. އެކަން ކުރެވޭނީ އާންމު ރައްޔިތުންނަށެވެ. ތިޔަ ރައްޔިތުންގެ ކުރިމައްޗަށް އަންން ކެންޑިޑޭޓުންނާއި ސުވާލު ކުރުމަކީ ލާޒިމް ކަމަކަށް ހަދަން އެބަޖެހެއެވެ. އަހަރުމެންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ މަސައްކަތަކާއި ހަވާލުވާއިރު އެކަމުގެ ޒިންމާ ހަވާލުކުރާހާ ގާބިލުތޯ ބަލާ ހޯދުމަކީ އަހަރުމެންގެ ޒިންމާއެއްކަން ގަބޫލުކޮށް އެކަމުގައި އަމަލީ ސިފަ ގެންނަންމިއޮތީ ޖެހިފައެވެ. އެއީ ފާއިތުވި ދެތިން ދައުރެއްގެ މައްޗަށް ބަލައިލީމަ ކަންހިނގައިފައިވާ ގޮތުން އެގޮތް ދެން ތަކުރާރު ކުރުމުން އަހަރުމެންގެ ގައުމު ފުންވަޅުގަނޑެއްގެތެރޭ ތާއަބަދު ތިބެންޖެހިދާނެފަދަ ނުރައްކާތެރި ކަމަކަށްވާތީއެވެ. 

މަޖިލިހަށް ހޮވަންވީ ތިމާގެ ގާނޫނީ ވާޖިބާއި އިޖުތިމާއީ ޒިންމާ ފުރިހަމައަށް ނަގަންއެނގޭ ތައުލީމާއި، މައުލޫމާތު އަދި ތަޖުރިބާހުރި ތަސައްރަފު ފުދޭ މީހުންނެވެ. އެމީހަކު ގޮސް ދައްކާ ވާހަކައަކުން ގައުމަށް ފައިދާހުރި ވާހަކަ ދެއްކޭވަރު މީހުންނެވެ. ތިމާގެ ކިބައިގައި ހުރި ފެންވަރެއްގެ ބޭނުންކޮށް ތާއަބަދު ގައުމުގެ ކުރިއެރުމާއި ތިމާގެ ދާއިރާގެ ރައްޔިތުންނަށް މަންފާ ހޯދާދެވޭވަރު މީހުންނެވެ. ހޮވަންވީ ބާރުހުރި ފައިސާ ގިނަ މީހާއަށް ބަލައިފައެއްނޫނެވެ. ވަކި ޖަމާއަތަކަށް ވީތީ އެޖަމާއަތުގެ މީހުން ހިފާގެންގުޅޭ  އާލާތެއްގެ ގޮތުގައި ބޭނުންކުރާ މީހަކު އެމީހުންނާއި ހަވާލުކުރާ ވިސްނުން ދޫކޮށް ފެންވަރު ހުރި ތިމާގެ އަމިއްލަ ސިކުނޑިން ވިސްނާފަ ބަސްބުނެ ކަންކުރާނެ މީހުން ހޮވުން މުހިންމު ވެއްޖެއެވެ. މިގައުމުގެ މުސްތަބުބަލު ބިނާވާނީ މި މަޖިލިހަށް ފޮނުވާ މީހުންގައި ހުރި ފެންވަރަކާ ތަސައްވުރެއް އަދި އިސްތިގުލާލަކާއި ހުރި މުސްތަގިއްލު ތެދުވެރި ކަމެއްގެ މައްޗަށްކަން އަހަރުމެން ގަބޫލުކުރަންޖެހިއްޖެއެވެ. 

ޕޮލިޓިކަލް ފިލޯސޮފަރ ރޫސޯގެ "އާންމު އިހުތިޔާރު" (ޖެނެރަލް ވިލް")ގެ ކޮންސެޕްޓްގައި ކަނޑައަޅާފައި ވަނީ ޕާލަމެންޓް މެމްބަރުން އެމީހުންގެ އަމިއްލަ މަސްލަހަތަށް ނުވަތަ ވަކި ޖަމާއަތްތަކެއްގެ މަސްލަހަތަށް ވުރެ މުޖުތަމައުގެ މަސްލަހަތަށް އިސްކަން ދޭށްޖެހެއެވެ. އެމީހުންގެ ވިސްނުމާއިފިކުރު ހުންނަންޖެހޭނީ އާންމު މަސްލަހަތަށާއި މުޅި މުޖުތަމައުގެ ހެވާއި ލާބައަށް މަސައްކަތްކުރާ ވައުދަކާއި އެކުގައެވެ، މިނޫން ދެވަނަ ގޮތެއް އޮވެގެންނުވާނެއެވެ. 

ކުރިމަތިލާން އަންނަނީ މިފަދަ މީހުންތޯ ބަލާ ސުވާލު ކުރަންޖެހިއްޖެއެވެ. އެކަން ނުކޮށް ތިބުމަކީ ހެޔޮވާވަރު ކަމެއް ނޫނެވެ.

]]>
Fri, 03 Nov 2023 16:31:05 +0500 ހީރަސްނިއުސް
ގައުމާ ރައްޔިތުންނަށްޓަކާ ނަޝީދު ދެއްވާނީ އިސްތިއުފާ https://heerasnews.com/1962 https://heerasnews.com/1962 ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތުމުގެ މައްސަލަ ނުނިމި ގިނަ ދުވަސް ވީވީހެން ރާއްޖޭގެ ގިނަ ކަންތައް ތަކެއް ފާލުން ނެއްޓި ހީރަސް ކެނޑޭނެއެވެ. އިޔާދަ ނުކުރެވޭ ވަރުގެ ގައުމީ މައްސަލަތައް ފެންމަތި ވާނެއެވެ. 

އަހަރެއް ނިމި އަހަރެއް ފެށެނީއެވެ. ވެރިކަމުގެ ދައުރެއް ނިމި ދައުރެއް ފެށެނީއެވެ. ގައުމު ހިންގުމުގެ ގިނަ ކަން ނިންމުމުގެ ބާރު މިވަގުތު އޮތީ މަޖިލީހުގެ ތެރޭގައެވެ. މަޖިލީހުން އެކަންކަމަށް ގޮތެއް ނުނިމެއްޖެނަމަ ދެހަރާ ސައިވާނެއެވެ. ގައުމު ހުއްޓުމަކަށް ދާނެއެވެ. 

މަޖިލީހުން ނިންމަން އޮތް ހުރިހާ ކަމެއްގެ ނިމުން ގުޅިފައިވަނީ މަޖިލީހުގެ ރިޔާސަތާއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅިފައި އޮވެ އެކަން ނުނިންމާ މަޖިލީހުން އެއްވެސް ކަމެއް ނުނިންމޭނެތީއެވެ. ހުށަހެޅިފައި އޮތް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ މަޖިލީހުން ނިންމާ އެއްވެސް ކަމެއް ސައްހަ ނުވާނެތީއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމާމެދު ހުށައެޅިފައިވާ މައްސަލައަށް ގޮތެއް ނުނިންމާ މަޖިލީހުން ނިންމާ ކޮންމެ ކަމެއްގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެތީއެވެ. 

މަޖިލީހުގައި ނިންމަންވެފާ ހިނގަމުންދާ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް އެބައޮތެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްވެގެން ނޫނީ ކުރިއަށް އޮތް ދެމަސް ދުވަހު ދައުލަތުން މުއައްޒަފުންނަށް މުސާރައެއް ނުދެވޭނެއެވެ. އޮފީސްތަކުން އިދާރީ ހިދުމަތްތަކާއި އެހެނިހެން ގިނަ ހިދުމަތްތަކެއް ދިނުން ހުއްޓޭނެއެވެ. 

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ވަކި މުއްދަތަކަށް ފާސްކޮށް ނިންމަން ޖެހޭ އެއްޗެކެވެ. ބަޖެޓާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ގާނޫނު ބުނާ ތާރީހުތަކަށް ފުރިހަމަކޮށް ނިންމަން ޖެހެއެވެ. ގާނޫނުގައި ކަނޑައެޅިފައި ވާގޮތަށް ބަޖެޓްގެ ކަންކަން ނިންމާ ފާސް ނުކުރެވިއްޖެނަމަ އަންނަ އަަހަރު ދައުލަތް ހިނގުން ހުއްޓި ރާއްޖެ ޑެޑްލޮކަށް ދާނެއެވެ. ބަޖެޓްވެސް އެއޮތީ މަޖިލީހުގައި ޕާކް ވެފައެވެ.

17 ނޮވެންބަރ ގައި އިންތިހާބީ ރައީސް ގައުމާ ހަވާލުވާން ޖެހެއެވެ. ރައީސް ގައުމާ ހަވާލު ވުމުގެ ގާނޫނީ ހުވާކުރަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޖަލްސާއެއް ގައެވެ. އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޖަލްސާއެއް ނުބޭއްވޭނެއެވެ. އެހެން ކަމެއްވެސް ނުކުރެވޭނެއެވެ. އިތުބާރުނެތް ކަމަށް ހުށަހެޅިފައިވާ ރައީސަކު ހުރެގެން ބާއްވާ ކޮންމެ ޖަލްސާއަކީ ގައިރު ގާނޫނީ ޖަލްސާއެކެވެ. ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައި އޮއްވާ ބާއްވާ އިތުބާރު އޮތްތޯ ނެތްތޯ ބެލުމުގެ ޖަލްސާ ފިޔަވާ އެހެން ކޮންމެ ޖަލްސާ އަކަށް ހނގާނީ އެ ހުކުމެވެ. އެހެން ކަމުން ގައިރު ގާނޫނީ ޖަލްސާއެއްގައި ގާނޫނީ ހުވައެއް ނުކުރެވޭނެއެވެ. 

އައު ރައީސުލްޖުމްހޫރިއްޔާ ދައުލަތް ހިންގުމަށް އެކުލަވާލާ އިދާރީ އޮނިގަނޑަށާއި ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހެއެވެ. އެކަން ވެސް ކުރެވެން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ސައްހަ ޖަލްސާއަކުން ނިންމައިގެނެވެ. މަޖިލީހުގެ ރައީސްގެ އިތުބާރާ މެދު ގޮތެއް ނުނިމި އޮވެގެން މަޖިލީހުން އައު ސަރުކާރުގެ ކެބިނެޓަށާއި އިދާރީ އޮނިގަނޑަށް ރުހުމެއް ނުދެވޭނެއެވެ. މަޖިލީހުގެ ރުހުން ނެތި ވަޒީރުންނަށް އެ މީހުންގެ ގާނޫނީ ވާޖިބު އަދައެއް ނުކުރެވޭނެއެވެ. 

ރާއްޖެ މިހާލަތަށް ވެއްޓޭނީ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ސަބަބުންނެވެ. ގައުމީ މިދެންނެވި ބޮޑެތި މައްސަލަ ތައްއުފެދުމުގެ ސަބަބަކަށް ވެވަޑައިގަތުމަކަށް ރައީސް ނަޝީދު ބޭނުންފުޅެއް ނުވާނެއެވެ. އަނެއްކޮޅުން އިތުބާރު ނެތްކަމުގެ މައްސަލައަށް ނިމުމެއް ގެނައުމަކީ ރައީސް ނަޝީދަށް ދާދި ފަސޭހަފުޅު ކަމެކެވެ. އެގޮތުން ރައީސް ނަޝީދަށް ދެކަމެއް ކުރެއްވިދާނެއެވެ. އެ ދެކަމުންކުރެ ކޮންމެ ކަމެއް ކުރެއްވިޔަސް ދިގު ދެމުމެއްނެތި އިތުބާރު ނެތްކަމުގެ މައްސަލައަށް ނިމުން ގެނެވޭނެއެވެ. ގައުމުގައި މަރުތަޅު އެޅުނަނުދީ ގައުމު ސަލާމަތް ކުރެއްވޭނެއެވެ. 

އެގޮތުން ރައީސް ނަޝީދަށް ކުރެއްވޭނެ އެއްކަމަކީ ހުށަހެޅިފައިވާ އިތުބްރުނެތް ކަމުގެ މައްސަލަ ނިންމުމަށް ޖަލްސާއެއް ބޭއްވުމަށް ޖާގަ ދެއްވާ އެ ޖަލްސާގައި ރައީސް ނަޝީދުގެ މައްޗަށް އިތުބާރު އޮތްތޯ ނެތްތޯ ބެއްލެވުމެވެ. އިތުބާރު އޮތްކަމަށް ފާސްވިޔަސް އިތުބާރު ނެތްކަމަށް ފާސްވިޔަސް މައްސަލަ ނިމުނީއެވެ. ދެވަނަ ގޮތަކީ ގައުމާ ރައްޔިތުންގެ ހައްގުގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމެވެ. އެ ކެރުންތެރިކަން ރައީސް ނަޝީދުގެ ހުންނާނެއެވެ، ގައުމާ ރައްޔިތުން ނުރައްކަލަށް ވައްޓާލެއްވުމަކަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައެއް ނުގަންނަވާނެއެވެ. އެއަށްވުރެ އެއީ މާ ހިތްތިރި ކެއްތެރި ބޭފުޅެކެވެ.

އިސްވެ ބަޔާންކުރެ ކޮންމެ ގޮތަކަށް އިތުބާރު ނެތްކަމުގެ މައްސަލަ ނިމުނަސް އޭރުން ހުއްޓިފައި ހުރިކަންކަން ހިނގައިގަންނާނެއެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒު ގައުމާ ހަވާލުވެ ވަޑައިގަތުމަށް ކުރައްވާ ގާނޫނީ ހުވާގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނުއޮންނާނެއެވެ. 

]]>
Wed, 01 Nov 2023 11:56:52 +0500 ހީރަސްނިއުސް
އަންނި ރިޔާސަތުން ނުފައިބަން މުއިއްޒު ބޮލަށް ޗިޕް https://heerasnews.com/1945 https://heerasnews.com/1945 ނަޝީދު މަޖިލީހުގެ ރައީސް ކަމުގައި ނެތުމަކީ އިންތިހާބީ ރައީސް ހުވާ ކުރުމަށް ކޮން ހުރަހެއް އޮތް ކަމެއް ހެއްޔެވެ. ނަޝީދު ނެތިއްޔާ ކޮންމެވެސް އެހެން މީހަކު އެ ގޮނޑީގައި އިންނާނެއެވެ.

މަޖިލިސްގެ ރައީސް ކަމަކީ ނަޝީދުގެ ވާރުތަ މުދާ ގަނޑެއް ނޫނެވެ. 29 އޮކްޓޫބަރ ގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރިއެއްކަމަކު އައު މީހަކު މަޖިލިސްގެ ރައީސްކަމަށް ގެންނާނެ ވަގުތު ނުލާހިކު ބޮޑަށް އެބައޮތެވެ. އެމީހަކަށް އައު ރައީސް ހުވާ ކުރުމުގެ ކަންތައް 17 ނޮވެންބަރގައި ކުރިއަށް ގެންދިޔުމަށް ހުރަހެއް ނެތެވެ.

ދަ ޑިމޮކްރެޓްސް އިން ޖަހަން އުޅޭ ސަކަރާތަކީ އިންތިހާބީ ރައީސް ހުވާ ކުރުމަށް ހުރަސް އަޅާކަމަށް އަޑުފަތުރައިގެން މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ބޭންދުމުގެ މަސައްކަތެވެ.

މިމަހުގެ 29 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި ގަޑުބަޑު އުފައްދައިގެން މަޖިލިސް ހުއްޓުވުމަކީ ނަޝީދުގެ ހީލަތްތެރި ރޭވުމެކެވެ. ނަޝީދު ބޭނުންވާ ގޮތަށް މަޖިލިސް ގަޑުބަޑު ކުރުވާ ނިޒާމް ގެއްލުވާލުމުގައި އިސްވެ އިންނާނީ އެދުވަހުގެ ރިޔާސަތުގައި އިންނަ އަންނިގެ ގޮނޑިކޮއްކޮ މަޖިލީހުގެ ނައިބު ރައީސް އީވާއެވެ. 

ނަޝީދު ރާވައިގެން ހިންގާން އުޅޭ ހީލަތްތެރި ޖަރީމާގައި ޕީޕީއެމް-ޕީއެންސީ މެންބަރުން ޖެއްސުމަށް އިންތިހާބީ ރައީސް ހުވާކުރުމާ ގުޅުވަނީ ޑރ.މުއިއްޒަކީ އަންނި ހީކުރާ ކަހަލަ މޮޔައެއް ކަމަށް ހީވާތީ ހެއްޔެވެ. ޑރ. މުއިއްޒު އަންނިގެ މަޅިއަކު ޖެހިވަޑައެއް ނުގަންނަވާ މެއެވެ. 

ކެބިނެޓް އެޕްރޫވް ކުރުމާއި ބަޖެޓް ފާސްކުރުން ކުރިމަތީގައި އޮއްވާ މަޖިލީހުގެ މެޖޯރިޓީއާ ދެކޮޅަށް އެއްވެސް ކަމެއް މިވަގުތު މުއިއްޒު ނުކުރައްވާނެ ކަން ޔަގީނެވެ. އަމްދުން މަޖިލީހުގެ ރައީސް ކަމުގައި ކޮންމެ މީހަކު ހުއްޓަސް ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމަށް ހުރަހެއް ނުއޮންނާނެކަން އިންތިހާބީ ރައީސަށް އެނގިވަޑައި ގަންނަވާނެއެވެ. 

]]>
Thu, 26 Oct 2023 01:32:47 +0500 ހީރަސްނިއުސް
އިސްލާހުގެ ވާހަކަ ނަޝީދު ދެން ނުދައްކަވާ https://heerasnews.com/1687 https://heerasnews.com/1687 2019 ރައްޔިތުންގެ މަޖިލިހަށް މެންބަރުން އިންތިހާބު ކުރީއްސުރެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ ރައީސް ނަޝީދެވެ. މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނެވީ 67 މެންބަރުންގެ ސްޕަރ މެޖޯރިޓީއާއި އެކުގައެވެ. ގާނޫނު އަސާސީ އިސްލާހު ކުރަންވިޔަސް އެއްވެސް އުދަނގޫ ކަމެއް ނެތެވެ. އެ ބޮޑު މެޖޯރިޓީ ކޮންޓްރޯލު ކުރެއްވީ ރައީސް ނަޝީދެވެ. 

ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ބޭނުންފުޅުވެ ވަޑައިގެން ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނެވިއެވެ. މަޖިލީހުގެ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނެވިއެވެ. ދާއިމީ ކޮމެޓީތަކުގެ ކޮންޓްރޯލު އަތްޕުޅުގައި އޮތެވެ.

ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ހޯއްދަވާ ދެއްވިއެވެ. ޒަމާނުއްސުރެ ގާނޫނު ޑްރާފްޓް ކުރުމަކީ ސަރުކާރުން ކުރާކަމެއްގެ ގޮތުގައި އޮތް އޮތުން މަޖިލީހުން ކުރާކަމަކަށް ބަދަލު ކޮށްލެއްވިއެވެ. ބޭނުންފުޅުވެ ވަޑައިގެން ހުރިހާ ކަމެއް ބޭނުންފުޅުވެ ވަޑައިގެން ގޮތަކަށް މަޖިލީހުން ނިންމެވުމަށް ރައީސް ނަޝީދަށް ވަރަށް ފަހަކާ ޖެހެންދެން ފުރުސަތު އޮތެވެ. އެހެން އެކަން އޮތް އިރު ނުކުރެއްވި ކަމެއް ދަ ޑިމޮކްރެޓްސް އުފައްދަވައިގެން އަދި ކުރެއްވޭވަރުގެ ހަކަތައެއް ދަ ޑިމޮކްރޭޓްސްގައި އަމްދުން ނެތެވެ. 

ކަންކަން ކުރެއްވެން އޮވެ ނުކުރައްވާ ކުރެއްވެން ނެތް އިރު ކުރައްވަން އުޅުއްވާނީ އެކަމެއް ކުރެއްވުމުގެ ނިޔަތް ނެތަތީއެވެ. ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 76 އަށް ކުޑަކޮށް އެ މެމްބަރުންނަކީ ގަޑި ޖެހޭ ބަޔަކަށް ހައްދަވާ ވާހަކަ ދެއްކެވީމާ ރައީސް ނަޝީދުގެ އިހުލާސްތެރި ކަން ނެތްވަރު ނޫން ކަމެއް ނުފެނެއެވެ. ދަ ޑިމޮކްރޭޓްސްގެ ރިޔާސީ މެނިފެސްޓޯގައި ކިތަންމެ ރީތި ފަށުވި އިބާރާތަކުން އެވާހަކަ ލިޔުނަސް އެއީ ކުރައްވަން ބޭނުންފުޅުވެ ވަޑައި ނުގެން ކަމެއްކަން ރައްޔިތުންނަށް ސާފެވެ. 

މަޖިލިހުގެ މެމްބަރުން 76 އަށް ކުޑަކޮށް އެވަރުގެ ހިފެހެއްޓުމަކީ ވައުދެކޭ ވިދާޅުވާއިރު ސްޕަރމެޖޯރިޓީއާއި އެކު މަޖިލީހުގައި އިންނެވި އިރު އެކަން ނުކުރެއްވެވީ ކީއްވެ ހެއްޔެވެ. އެ ކަން ފާސް ކުރާއިރު ތިއްބެވި މެންބަރުންގެ މައްޗަށް ތަންފީޒު ނުކުރާ ގޮތަށް ދެން ހޮވާ މަޖިލީހަކަށް އެ އުސޫލު ލާޒިމް ކުރާގޮތަށް ވެސް އެކަން ކުރެވުނީސް ނޫން ހެއްޔެވެ.

ކުދި ދާއިރާތަކުގެ ބަދަލުގައި މުޅި އަތޮޅުން މެމްބަރުން އިންތިހާބު ކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ކަމެކެވެ. އަތޮޅުތަކުންނާއި މާލެ އިން އިންތިހާބު ކުރާ ޖުމްލަ ގޮނޑީގެ އަދަދު 55 އަށް ނުވަތަ 40 އަށް ވެސް އޭރު ކަނޑައަޅަން އުޅުއްވި ނަމަ އެކަންވެސް ވީހެވެ. އަންހެނުންނާއި ނުކުޅެދުންތެރިންނަށް ވެސް ގޮނޑި ހާއްސަ ކުރެވުނީހެވެ. ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންގެ ތެރެއިން ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގޮނޑި ބެހެއްޓުނީހެވެ. ދައުރުގެ މެދު ތެރެއިން މެމްބަރަކު ވަކި ކުރުމަށް މެމްބަރުންގެ ރީކޯލް ވޯޓު ނެގޭނެ ގޮތަށް ވެސް ގާނޫނުގައި ކަނޑައެޅުނީހެވެ. މަޖިލީހުގެ މެމްބަރުންނަކީ ގަޑިޖެހޭ ބައެއް ކަމުގައި ވެސް ހެދުނީހެވެ. މެމްބަރު ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރާއި ޝަރުތުތަކެއް ވެސް ކަނޑައެޅުނީހެވެ. 

ލިބިވަޑައިގެން އޮތް މަޖިލިސް ކޮންޓްރޯލު އަތްޕުޅުން ގެއްލި ވަޑައިގެން މެންބަރުން އިތުބާރު ކަނޑާލީމާ އިސްލާހުގެ ވާހަކަ ދެން ނުދައްކަވާށެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑު އިސްލާހުކޮށް ހަމަ މަގަށް އަޅުވަން ލިބިވަޑައިގެން ދެ ފުރުސަތު ވެސް ގެއްލުވާލެއްވީ އަމިއްލަފުޅަށެވެ. ރައީސުލްޖުމްހޫރިއްޔާކަން ވެސް ލިބިވަޑައި ގަތެވެ. އެކަމެއް ނުކުރެއްވުނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އެކުއެކުގައި ލިބިވަޑައިގެން ހުންނަވާ މަޖިލިސް ކުޑަކުރައްވާކަށް ނޫޅުއްވައެވެ. އާރާބާރު ތަންމިނަށް ލިބިވަޑައިގެން ނުކުރެއްވި ކަމެއް ދެންވެސް ނުކުރައްވާނެއެވެ. އާރާ ބާރު ލިބި ވަޑައިގަތުމުން އިތުރަށް ބާރުވެރިވެ ވަޑައިގަތުމާއި މަވެތިކަން ނޫން ކަމެއް ނުކުރައްވައެވެ. 

]]>
Sat, 29 Jul 2023 16:29:08 +0500 ހީރަސްނިއުސް
މަޖިލިސް ކުރިއަށް ދާނީ ދަ ޑިމޮކްރެޓްސް އުފެދުމުން https://heerasnews.com/1583 https://heerasnews.com/1583 ދަ ޑިމޮކްރެޓްސް ނުއުފެއްދެނީސް މަޖިލިސް ހިންގާލައިފިނަމަ

  • ރައީސް ނަޝީދު އިންނާނީ މޮސްޓާ ނަޝީދާ އެއް ދަރަޖައިގަައި
  • ރެޓްސް ތިބޭނީ އަމިއްލަ މެންބަރުންގެ ގޮތުގައި
  • ބަހުސުގައި ލިބޭނީ ކުޑަވަގުތު ކޮޅެއް

ދަ ޑިމޮކްރޭޓްސް ރަޖިސްޓްރީ ކުރެވެންދެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އެކުލަވާ ލިޔަކަ ނުދޭނެއެވެ. މަޖިލީހުގެ ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގައި ނެގޭނީވެސް ދަ ޑިމޮކްރެޓްސް ރަޖިސްޓްރީވުމުންނެވެ. ދަ ޑިމޮކްރެޓްސް އުފެއްދެން ދެން ދައުރުން ބޭރުން ވިޔަސް ދައުރުން އެތެރޭން ވިޔަސް ޖަލްސާއެއް ބާއްވާ މަޖިލީހުން ކަމެއް ނިންމުމަކީ ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ ދިނުމަށް އެދުމުން އަމާކީތީ ފަރަށް ދާހެން މަޖިލިސްގައި ކަމަކަށް ކަމެއް މިއަދުވެސް ކޮށްލީއެވެ. ނަމެއްގައި ޖަލްސާއެއް ބާއްވާ ކަމެއް ނުނިންމާ ޖަލްސާ ނިންމާލީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެފައި ވާތީ މަޖިލިސް ތަމްސީލު ކުރާ ޕާޓީތަކުގެ ނިސްބަތަށް ބަދަލު އަންނާނެ ކަމަށް ބުނެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ދައުރުން ބޭރުން ބޭއްވި ޖަލްސާ ނިންމާލުމުން މަޖިލީހުގައި ކަމެއް ހިންގިޔަ ނުދޭން ރިޔާސަތުން ބޭނުން ވާވަރު ނިކަން ރަނގަޅަށް އެބަ ފެނޭ ނޫން ހެއްޔެވެ. 

މަޖިލީހުގައި މަރުތަޅު އެޅި، ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މުހިންމު މަސައްކަތް ތަކެއް ނުނިންމާ ފުނިޖެހިފައި ހުއްޓައެވެ. މަޖިލީހުގެ ދައުރު ނިންމާލާފައި ވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިންމާ ކަމުން ދައުރުން ބޭރުން ޖަލްސާ ބާއްވާ ދިނުމަށް އެމްޑީޕީ ޕީޖީ ލީޑަރު އެދިވަޑައިގަތުމުން އޮންނަ އުސޫލުން ޖަލްސާއެއް ބާއްވާލީއެވެ. ދާއިމީ ކޮމިޓީތައް އެކުލަވައިލުމާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އޮތްތާ އޮތީއެވެ. އެއިން ކަމެއް ނިންމޭނެ މަގެއް ނުދެއްކިއެވެ. އެއް ދުވަހުވެސް ރިޔާސަތުގައި ރެޓުން ބަގުޑި ބެއްދޭތޯ ކުރާ މަސައްކަތަށް މިއަދު ވެސް ބޮޅެއް އިތުރުކޮށް ލީއެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް މިއަދަށް ތާވަލުކޮށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށެވެ. ރައީސް ނަޝީދާއި ޗެކްމާކް ރަޝީދު ހުސްވި މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެފައި ވާތީ މަޖިލީހުގައި ޕާޓީތައް ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނަކަމަށް ބުނެ މަސައްކަތް ހުއްޓާލީ މިހާރު ނޫނީ މެންބަރުން ޕާޓީ ބަދަލު ނުކުރާތީ އައުކަމަކަށް ވެގެން ހެއްޔެވެ. ނޫނެކެވެ. މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހެންޏާ އެ ބަދަލެއް ގެނައުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ނުކޮށް އޮތީ މިއަދުގެ ޖަލްސާ ހުއްޓުވާލުމުގެ ބޭނުން ރިޔާސަތަށް ބޮޑުކަމުންނެވެ. ގަސްދުގައި އެ ކަންކަން ފަސް ޖައްސަފައި އޮތް ސަބަބަކީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރެވެން ދެން ލަސްކުރުމެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކުރެވެނީސް ކޮމެޓީތައް އެކުލަވާ ލެވިއްޖެ ނަމަ ރެޓުން ތިބޭނީ އަމިއްލަ މެންބަރުންގެ ގޮތުގައެވެ. ބަހުސުގެ ވަގުތުގައި ލިބޭނީ މަދު ވަގުތު ކޮޅެކެވެ. ރައީސް ނަޝީދު އިންނާނީ މޮސްޓާ ނަޝީދާ އެއް ދަރަޖައިގައެވެ. ރެޓުންނަށް އެއިއްޔަކީ ހަޖަމު ކުރެވޭނެ ކަންކަމެއް ނޫނެވެ. 

ރައީސް ނަޝީދު ރިޔާސަތުން ތިރި ގޮނޑިއަށް ވެއްޓޭއިރު ވެސް ވެއްޓެން ބޭނުން ވަނީ މައިނޯރިޓީ ލީޑަރުގެ ގޮނޑިއަށެވެ. އެކަން ވާން އޮތީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ވަންދެން މަޖިލިސް ކުރިއަށް ނުގެންގޮސް ދިގު ދަންމައިގެންނެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ވުމުން ރެޓުންނަށް ބަހުސުން ވަގުތު ލިބޭނެއެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވާނެއެވެ. ޕީޕީއެމްގެ މައްޗަށް ދަ ޑިމޮކްރެޓްސް ކުރިހޯދާ ޕީޕީޕއެމްގައި އޮތް މެޖޯރިޓީ ލީޑަރުކަން ނަޝީދު ހޯދުމަކީ މަޖިލިސް ނުހިންގާ ލަސްކުރުމުގެ އެއްބޭނުމެވެ. 

]]>
Mon, 03 Jul 2023 11:36:58 +0500 ހީރަސްނިއުސް
މަޖިލީހުގެ މެންބަރުންނަކީ ރޯނު އެދުރުން: މެންބަރ އަފީފް https://heerasnews.com/1548 https://heerasnews.com/1548 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރޯނު އެދުރުން ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެއެވެ. ހަސަން އަފީފަށް މިއަދު މެންބަރުން ރޯނު އެދުރުންނަށްވީ އެމްޑީޕީގެ މެޖޯރިޓީ މަޖިލިސްގެ ދާއިމީ ކޮމެޓީތަކުގައި އޮންނަން ވާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެން ދަވާތީއެވެ. 

ހަސަން އަފީފިމެން އެމްޑީޕީގައި ތިބިއިރު މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ކޮމެޓީތަކުގެ މެޖޯރިޓީއާއި ކޮމެޓީތަކުގެ މުގައްރިރުކަން އޮންނަން ޖެހޭނެ ކަމަށް ގަބޫލުކޮށްގެން އެގޮތަށް އައީ އަމަލު ކުރަމުންނެވެ. ހަސަން އަފީފަކީ ވެސް ކޮމެޓީއެއްގެ މުގައްރިރެކެވެ. އޭރު ހަސަން އަފީފްމެން ގަބޫލު ކުރެއްވި ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި ތިއްބަވަން ޖެހެނީ އެމްޑީޕީ މެންބަރުންނެވެ. ކޮމެޓީ ތަކުގެ މުގައްރިރުންނަށް ތިއްބަވަން ޖެހެނީ އެމްޑީޕީ މެންބަރުންނެވެ. ހުރިހާ ކޮމެޓީއެއްގެ މެޖޯރިޓީ އޮންނަން ޖެހެނީ ވެސް އެމްޑީޕީއަށެވެ. 

ހަސަން އަފީފްމެން އެމްޑީޕީގައި ތިއްބަވައިގެން ހިނގަމުންދާ ފަސް އަހަރުގެ ދައުރަށް މަޖިލީހަށް މެންބަރުން އިންތިހާބު ވެގެން އެކުލަވާލި ދާއިމީ ކޮމެޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށެވެ. ހާއްސަކޮށް މާލިއްޔަތު ކޮމެޓީއާއި ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމެޓީގެ މެޖޯރިޓީއާއި މުގައްރިރުކަން ވެސް އޮތީ އެމްޑީޕީއަށެވެ. ޖުޑިޝަރީ ކޮމެޓީ އާއި މިނިވަން މުއައްސަސާ ތަކާއި ބެހޭ ކޮމެމިޓީގެ މުގައްރިރުކަން ވެސް އޮންނަން ޖެހުނީ އެމްޑީޕީއަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމެޓީއާއި 241 ކޮމެޓީގެ މެޖޯރިޓީއާއި މުގައްރިރުކަން ވެސް އޮންނަން ޖެހުނީ އެމްޑީޕީއަށެވެ.

ހުރިހާ ކޮމެޓީގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެ ހުރިހާ ކޮމެޓީގެ މުގައްރިރު ކަމުގައި އެމްޑީޕީ މެންބަރަކު ނޫނީ ތިއްބަވާވާކަށް އަފީފްމެނަށް އޭރަކު ކަމަކު ނުދިޔައެވެ. ބަލަގަ އޭރުވެސް އޮތީ އެމްޑީޕީ އިސްވެ އޮތް ކޯލިޝަން މި ސަރުކާރެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދީފައި އޮތީ އެމްޑީޕީއަށެވެ. މިއަދު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެމްޑީޕީން އަމަލު ކުރަނީ ރައްޔިތުންގެ މެޖޯރިޓީ އެދޭ ގޮތަށެވެ. ކުރިއްސުރެ ވެސް ކަންކުރަމުން އައިގޮތަކީ މެޖޯރިޓީ ޕާޓީގެ ކޮންޓްރޯލު މަޖިލީހުގެ ކޮންމެ ކަމެއްގައި އޮތުމެވެ. 

ކުއްލިޔަކަށް އެމްޑީޕީން ވައިވެގެން އެމްޑީޕީ ދޫކުރައްވާ ނިކުމެ ވަޑައިގެން މެންބަރުން އެމްޑީޕީގައި ނެތް ހިސާބުން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އުފަންވެ އިންޓަރޕާލަމެންޓްރީ ޔުނިއަންގެ ރެކަމަންޑޭޝަން އެމްޑީޕީން ވަކިވި މަޖިލިސް މެންބަރުންނަށް ފެނިއްޖެއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމެޓީއާއި މާލިއްޔަތު ކޮމެޓީގެ މެޖޯރިޓީއާއި ދެ ކޮމެޓީގެ މުގައްރިރުކަން އިދިކޮޅަށް ދޭން ޖެހޭ ކަމަށް ވެއްޖެއެވެ. 

241 ކޮމެޓީއާއި މާލިއްޔަތު ކޮމެޓީއާއި ސަރުކާރު ޖަވާބުދާރީ ކުރާ ކޮމެޓީގެ މެޖޯރިޓީ އިދިކޮޅަށް ދީގެން އެ ކޮމެޓީތަކުގެ މުގައްރިރުކަން އިދިކޮޅު ޕާޓީތަކަށް ދީގެން ސަރުކާރަށް ދަތިކޮށް ސަރުކާރު ހިންގުން ހުއްޓުވަން ކުރެވެން އޮތްހާ ކަމެއް އިދިކޮޅުން ކުރާނެއެވެ. މެޖޯރިޓީ އޮވެ އެމްޑީޕީން ވާދަވެރިންނަށް އެ ފުރުސަތު ދިނުމެކޭ އަމިއްލަ ބޮލަށް ބަޑިޖެހުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ.

އެމްޑީޕީއަށް ނިސްބަތްވި މެންބަރުން ތަކެއް އެމްޑީޕީން ވަކިވިޔަސް އަދިވެސް މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. މަޖިލީހަކީ މައިނޯރިޓީގެ އަޑުއަހަމުން ކަންކަން ނިމޭނީ މެޖޯރިޓީއަށެވެ. މެޖޯރިޓީގައި ތިބެފައި މައިނޯރިޓީއަށް އަމިއްލައަށް ބަދަލުވެ ތިބެގެން މެޖޯރިޓީގެ ނިންމުމާ އެއްގޮތަށް ކަންކަން ވިޔަނުދޭން މިހާރު އަފީފްމެން ކިތަންމެ ވާހަކަ އެއް ދެއްކިޔަސް ކަންކަން ނިމޭނީ މެޖޯރިޓީއާއި އެއްގޮތަށެވެ. 

ފުމެފުމެ މޭބިސް ކަދުރު ކޯންޏަށް ހިޔަޅުގެ އަނގަ ނުފޯރީމާ ހިޔަޅަށް މެބީސްކަދުރު ހުތްވުމެކޭ ޑިމޮކްރެޓުންނަށް މަޖިލިސްގެ ކޮމެޓީ ތަކުގެ މެޖޯރިޓީ ގެއްލުމެކޭ ތަފާތެއް ނެތެވެ.

]]>
Thu, 22 Jun 2023 11:36:07 +0500 ހީރަސްނިއުސް
ހެޔޮނުވާނެ ދެން ފައިބާ! https://heerasnews.com/1538 https://heerasnews.com/1538 ގާނޫނަށްވުރެ މަތީގައި އެކަކަށްވެސް ނުހުރެވޭނެއެވެ. ދައުލަތުގެ އެއްބާރުގައި މަރުތަޅު އަޅުވައިގެން ހުރުމުގެ ބާރެއް އެކަކަށްވެސް ނުއޮންނާނެއެވެ. ރައްޔިތުންގެ މަލޖިލީހުގައި އިތުބާރުނެތް ރައީސަކާއި ނައިބުރައީސެއްގެ މަސްލަހަތަށް ވުރެ ދައުލަތުގެ މަސްލަހަތު މާ ބޮޑެވެ. ދައުލަތުގެ ބާރެއްގައި މަރު ތަޅުއެޅި ހުއްޓިފައި އޮތް އޮތުން އަނެއް ދެބާރުން ނިމުމަކަށް ގެނެސްދޭން ޖެހެއެވެ. މިހާލަތުގައި ސްޕްރީމް ކޯޓު އިސްނެގުން ވަރަށް މުހިންމެވެ. އިސްތިޝާރީ ލަފައަކަށް އެދުނަސް ނޭދުނަސް ސްމޫޓޯގެ އުސޫލުން ސްޕްރީމް ކޯޓުން އަމުރެއް ނުނެރި ނުވާ ހިސާބަށް ކަންކަން ހިނގައްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރި ވަންޏާ ހަދާނެ ގޮތް މަޖިލީހުގެ ގަވައިދުގައި އެބަ އޮތެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބަޔަކު ކަނޑައަޅާފައި އެބަތިއްބެވެ. އެކަމަށް ކަނޑައެޅިފައި ފަސް މެންބަރުން ތިބެއެވެ. އެއިން ކޮންމެ މެންބަރަކަށް ޖެހިޖެހިގެން 3 ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެއެވެ.

ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި ވާތީ އެންމެ ފަހުން އޮތް ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ހަސަން އަފީފްގެ ތިން ޖަލްސާ ހަމަވުމުން ދެވަނައަށް އޮތް މީހަކަށް ތިން ޖަލްސާ ހަމަވަންދެން ރިޔާސަތު ބެލެހެއްޓޭނެއެވެ. ތިންވަނަ ހަތަރުވަނަ އަދި ފަސްވަނަ މީހާއާއި ހަމައަށް ކޮންމެ މީހަކަށް 3 ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެއެވެ. އެހެންކަމުން މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ނުލާ 15 ޖަލްސާ މަދުވެގެން ބޭއްވެން އެބަ އޮތެވެ. ޖެހިޖެހިގެން ތިނެއް ހަމަ ނުވާ ގޮތަށް އެ ފަސް މީހުންގެ މެދުގައި 15 ޖަލްސާއަށް ވުރެ ގިނަ ޖަލްސާ ވެސް ބޭއްވެން އެބައޮތެވެ. އެގޮތަށް ގަވައިދު ތަން ދެއެވެ.

ރައީސް ނަޝީދަށް އެކަން ރަނގަޅަށް އެނގި ވަޑައިގަންނަ ވާނެއެވެ. އަފީފާ ހިސާބުން މަޖިލިސްގެ ޖަލްސާތައް ހުއްޓޭ ގޮތަކަށް މަޖިލީހުގެ ކަން ކަމެއް ރައީސް ނަޝީދަކަށް ވެސް ނުހިންގޭނެއެވެ. މުރައިދޫ ގަނޑުވަރުން ނިކުންނަވަން ޖެހި ވަޑައިގަންނަވާތީ އެކި ފަހަރު އެކި ބަހަނާ ދައްކަވައިގެން މަޖިލީސް ހުއްޓުވުމަކީ ނަޝީދަށް އޮތް ބާރެއް ނޫނެވެ. 

މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެއްފަހަރާ ހުށަހެޅުމަކީ މަޖިލީހުގައި މަރުތަޅު އެޅެން ޖެހޭ ސަބަބެއް ނޫނެވެ. މަޖިލީހުގެ މެޖޯރިޓީ އާއި ދެކޮޅަށް ރިޔާސަތުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރެވޭނެ އެއްވެސް ޑިމޮކްރެޓީކް ހަމައެއް ނެތެވެ. މަޖިލީހުގެ ރައީސަށް ގާނޫނު އަސާސީ އެ ވަރުގެ ބާރެއް ނުދެއެވެ. މަޖިލީހުގެ ރައީސަކީ މަޖިލީހުގެ އާއްމު ހަމަ ހިފެހެއްޓުމަށް މަޖިލީހުގެ ރިޔާސަތަށް މަޖިލީހުގެ މެންބަރުން އިސްކޮށްފައި އިންނަ މީހެކެވެ. މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް 54 މެންބަރުން ސޮއިކޮށް ހުށަހެޅުމުން ހިންގަން ޖެހޭ އިޖުރާތެއް އިތުރަކަށް ނުއޮންނާނެއެވެ. ވޯޓަކަށް ދިޔުމާއި ނުލާ ޖެހި ވަޑައިގަންނަވާނީ އިސްތިއުފާ ދެއްވާށެވެ. 

އިސްތިއުފާ ނުދެއްވާ ރިޔާސަތުގައި ބަގުޑި ބައްދަވައިގެން ކިތަންމެ ދުވަހަކު އިންނެވިޔަސް މަޖިލީހުގެ އިތުބާރު ރައީސަށް އޮތްކަމަކަށް ނުވާނެއެވެ. ލަދުގެ ކަންފުޅެއް ހުންނަ މީހެއްނަމަ ހިނދު ކޮޅަކަށް ވެސް އިސްތިއުފާ ނުދީ ނުހުރެވޭ ވަރަށް ކަން ހަރާބުވެއްޖެއެވެ. ރައީސް ނަޝީދޫއެވެ. ތިޔަހެން ބަގުޑި ނުބައްދަވާ ހެޔޮނުވާނެ ދެން ފައިބާށެވެ.

]]>
Tue, 20 Jun 2023 13:46:03 +0500 ހީރަސްނިއުސް
އިސްތިއުފާ ދެއްވަންވެސް ކެރިވަޑައި ނުގަންނަވާ: ރޮޒައިނާ https://heerasnews.com/1518 https://heerasnews.com/1518 ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސާއި ނައިބް ރައީސަކީ ވަރަށް ފިނޑި ދެބޭފުޅުން ކަމަށް އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ސިފަ ކުރައްވައިފިއެވެ. 

މެންބަރ ރޮޒަިއނާ ސިފަކުރައްވާ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުއްﷲ އަކީ މަގާމުގައި ބަގުޑި ބައްދަވައިގެން މަޖިލިސް ހައިޖެކް ކުރައްވައިގެން އުޅުއްވާ ދެ ބޭފުޅުންނެވެ. 

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމުން، ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައި މަޖިލީހުގެ ރިޔާސަތުން ފިއްލަވާފައިވާ ކަމަށް ރޮޒައިނާ ދެކިވަޑައިގަންނަވައެވެ. މެންބަރ ރޮޒައިނާ އެ އިޝާރާތް ކުރައްވަނީ މި އަދުގެ ޖަލްސާގެ ރިޔާސަތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގެން ކުޑަދޮށުގައި އިންނެވި އިންނެވުމަށެވެ.

އިތުބާރު ނެތް ރައީސަކާއި ނައިބްރައީސެއް މަގާމުގައި ބަގުޑި ބައްދަވައިގެން މަޖިލިސް ހައިޖެކް ކުރައްވއިގެން ތިއްބެވީ އިސްތިއުފާ ދެއްވާން ކެރިވަޑައި ނުގަންނަވާތާ ރިޔާސަތަށް ވަޑައި ގަންނަވަން ވެސް ކެރިވަޑައި ނުގަންނަވާ ކަމަށް ރޮޒައިނާ އާދަމް ވިދާޅުވެއެވެ. 

]]>
Tue, 13 Jun 2023 19:58:02 +0500 ހީރަސްނިއުސް
މިއަދު އީވާއަށް ނައިބުރައީސްކަން ގެއްލޭނެ! https://heerasnews.com/1517 https://heerasnews.com/1517 ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މިއަދުގެ އެޖެންޑާގައި އޮތީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަށް މަޖިލިހަށް އެމްޑީޕީން ހުށަހެޅީ މިދިޔަ މަހުގެ 23 ގައެވެ. މަޖިލިހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރުމުގެ ކުރިން ނޯޓިސް ވަނީ ފޮނުވާފައެވެ. ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހެއެވެ. އީވާގެ މައްސަލަ އެޖެންޑާނުކޮށް ކުރިއަށްދާން މަސައްކަތް ކުރުމުން މެމްބަރުން ވަނީ މަޖިލީހުގެ އިއްޔެގެ ޖަލްސާ ހުއްޓުވާފައެވެ.

ގާނޫނުއަސާސީ ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 އެވެ. މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބެޭނުންވަނީ 44 މެމްބަރުންގެ ވޯޓެވެ. ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައި ވަނީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ. 

އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކި ކުރަން އެމްޑީޕީން ނިންމީ އެ ކަމަނާ އެމްޑީޕީން ވަކިވެ ވަޑައިގެން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމާ ގުޅިގެންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރ އީވާ އަބްދުﷲ މަޖިލިހުގެ ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ މެއި 28، 2019 ގައެވެ. އެ މަގާމަށް އީވާ އަބްދުﷲ އިންހާތިބުވެ ވަޑައިގަތީ މަޖިލިހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 72 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އީވާ އަބްދުﷲ ނައިބުރައީސް ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އޭރުވެސް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.

އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްކަމަށް 72 މެމްބަރުންގެ ވޯޓުން އިންތިހާބުވެ ވަޑައިގެންފައި އިންނެވި ނަމަވެސް އީވާގެ އިތުބާރު ނެތްކަމަށް 60 އަށް ވުރެ ގިނަ ވޯޓު ލިބިގެން އީވާ އަބްދުﷲ އަށް މަޖިލީހުގެ ނައިބު ރައީސް ކަމުގެ ގޮނޑިގެއްލޭނެ ކަމަށް ބެލެވެއެވެ. 

ކޮންމެ ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެން ނަމަވެސް އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ މައްސަލައަށް ނިމުމެއް ގެނެސްގެން ރައްޔިތުންގެ މަޖިލީސް ހުއްޓުމަކަށް އައިސްފައި އޮތް އޮތުމަށް ހައްލެއް ހޯދިދާނެ ކަމަށް ބެލެވެއެވެ. ނިޒާމީ ނުކުތާގެ އޮއިވަރެއްގައި މިއަދުވެސް ޖެހި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ނިމުމެއް ނުގެނަސް މަޖިލިސް ހުއްޓުވަފައި އޮތުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. 

މަގާމެއްގެ ބިރުވެރިކަމުގައި އެމްޑީޕީގައި ހުންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށް އީވާ އަބްދުﷲ ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އީވާ  އެމްޑީޕީ ދޫކުރެއްވީ ނައިބު ރައީސް ކަމުގެ މަގާމް ގެއްލިވަޑައިގަތަސް ހެޔޮކަމަށް ކަމުގައި ބެލެވެއެވެ. އެހެން ކަމަށް ވާނަމަ މަޖިލިހުގެ ނައިބު ރައީސް ކަމުން ވަކިވެ ވަޑައިގަތުމުގެ ވިސްނުންފުޅު ނުގެން ގުޅުއްވުމަކީ އަމަލާ ބަސް ދިމާ ނުވާކަމުގެ ހެއްކެވެ. ރިވެތި ޑިމޮކްރެޓުންގެ އުސޫލަކީ އިތުބާރު ނެތްކަމަށް ފާސްވާ މިންވަރަށް ހުށަހެޅުމެއް ހުށަހެޅިއްޖެނަމަ އިތުބާރު ނެތް ކަމަށް ފާސް ކުރުމުގެ ކުރީން މަގާމުން އިސްތިއުފާ ދިނުމެވެ. ހެއްދެވުނު އެއްޗެއް ހައްދަވައިގެން މަގާމުގައި ދެމިހުންނަވަން މަސައްކަތް ކުރެއްވުމެއް ނޫނެވެ.

]]>
Tue, 13 Jun 2023 09:22:06 +0500 ހީރަސްނިއުސް
އިދިކޮޅުން ފަސާދައަށް ސާބަސްދެނީ މުނާފިގު ކަމުން https://heerasnews.com/1514 https://heerasnews.com/1514 ކޮންމެވެސް އެއްޗެއް ކިޔައިގެން ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާލުމަކީ މަކުރާހިތްވާ ކަމަކީތާއެވެ. އެމްޑީޕީ އިސްވެ އޮވެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައިފި ކަމަށް ބުނެ އަނގަ ހުޅުވަނީ ލަދެއް ހަޔާތެއް ނެތީމައެވެ. ޕީޕީއެމް-ޕީއެންސީއާއި ޖޭޕީއާއި ނުއުފަންނަ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން ދޮގުމައްޗަށް ދޮގު ހެއްޖަސް ރައްޔިތުންނަށް ވާނުވާ އެބަ ފެނެއެވެ. 

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީލީ އާޒިމް ބުނާ ގޮތުން މަޖިލިސް ހުއްޓުވައިފައި ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިސްވެ ހުންނަވައިގެންނެވެ. އޭނާ ބުނާ ގޮތުން ސަރުކާރުން މިކަން ކުރަނީ، ދެ ކަމެއް ހާސިލު ކުރާށެވެ.

އިދިކޮޅުން ބޭނުންވާ އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ފާސްކޮށް ކޮށްގެން ސަރުކާރަށް ފިއްތުމެއް ފިއްތޭ ނަމަތާއެވެ. އިތުބާރު ނެތްކަމަށް ހުށަހެޅިފައި އޮތް ދެ ވަޒީރުން މަގާމުން ދުރުކުރެވޭ ވަރުގެ ހަކަތައެއް މަޖިލީހުގެ ތެރޭގައި އިދިކޮޅަށް އޮންނަމަތާއެވެ.

ސަރުކާރުން ބޭނުން ވަނީ މަޖިލިސް ނުހުއްޓި ވަޒީރުންގެ އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ވޯޓަށް އަހާ ވަޒީރުންނަށް މަޖިލީހާއި ރައްޔިތުންގެ އިތުބާރު އޮތްކަން ސާބިތުކޮށް ދޭށެވެ. އެކަން ކުރެވޭނީ މަޖިލިސް ނުހުއްޓި ކުރިއަށް ގޮސްގެންނެވެ. އެހެން ކަމުން ސަރުކާރުން މަޖިލިސް ހުއްޓުވާ ކަމަށް ދައްކާ ވާހަކައަކީ ދޮގު ހޮޅި ވާހަކައެއް ކަން މިކަމުން އެކަނި ވެސް ސާބިތުވެއެވެ.

ސަރުކާރުން ކުރާކަމަށް އިދިކޮޅުން ތުހުމަތު ކުރާ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ ދެއްކުން ހުއްޓުވަން ސަރުކާރުން އުޅޭނީ ސަރުކާރުން ވައްކަމެއް ކުރާ ނަމަތާއެވެ. އިދިކޮޅުގައި ތިބި ބޮޑެތި ވަގުން ސަރުކާރުގައި ތިބެ ކުރިހާ ވައްކަން ފޮރުވަން މި ސަރުކާރުގައި ވައްކަމުގެ ލޭބަލު އަޅުވައިގެން ތިމާމެނަށް ވަގަށް ގޮވުން ހުއްޓުވަން ކުޅޭ ޗަރުކޭހަކުން މޭކަރައިގެން މަޖިލިސް ހުއްޓުވާކަށް މި ސަރުކާރަކުން ނޫޅެއެވެ.

އެމްއެމްޕީއާރުސީން ކަޅު ދަބަހުގައި ކާރުޑިކީއަށް ދިޔާ ޑޮލަރު އަރުވައިގެން އުފުލާ ސަރުކާރުގެ ތެރޭން ވައްކަން ނުކުރެވިގެން ނިކުމެ ދަނޑި މޮކް ރެޓަކަށް ވެގެން އުޅޭ ފޫއެނބުރިއެއް ސަރުކާރޭ ވައްކަމޭ ކިޔައިގެން ނެގިނެގިފައި ޖެހުނަސް އެކަކަށް އެކައްޗެއްވެސް ނޯޅޭނެއެވެ. ސަރުކާރަށް އެކަމާހެދި ރިޔާ ބޮޑުވެ ކުރިއަށް ނުދެވިގެނެއް ނޫޅެއެވެ. 

އެޓޮލްސް ބަޖެޓް ދަވާލައިގެން އޮނުފުމެން އުޅުނު ސޮރަކު ރައްޔިތުންގެ ފާސައިން ކަޅިވެފައިވާ ރަތް ރާޅު ބާނި ތަކުން މުޅި މާލޭ ފުރާލައިގެން އިނދެ އެހެން މީހުނަށް ވަގަށް ގޮވީމާ އެވަނީ ޖޯކަކަށެވެ. ރަތްރާޅު ކިޔާހާ އެއްޗަކަށް ނަށާނީ އޭދަފުށީ މުންޑު ކޯލިޝަނެވެ.

މަޖިލީސް މެންބަރުން ދަތްދޮޅި ދުއްވަން ބުނެ މެންބަރުން ފާރު މަތިން އުކާލާ މަޖިލީހަށް ވަދެ ޕީޕީއެމްގެ ރިޔާސީޓިކެޓަށް ފެން ބޮވައިގެންފައި އިނދެ ފައިނު މާވަޑި ޅިސްވަރު ކުރަން އޮޑައިން އޮމާން ކުރާކަން މީހަކަށް ނޯޅެއެވެ. ސަރުކާރާ އިދިކީލިވެ ބަޅުރުކު ކުދިންކޮޅު ތާއީދު ހޯދަން މަރުފަލި ޖަހާކަން ބަޅުރުކު ކުދިންގެ ތެރޭގައި ނޭނގޭ މީހަކު ނެތެވެ.

ހެޔޮ އެއްގޮތެއް ނެތި ނަޒާހަތްތެރިކަމުގެ ސިއްކަ ހިފައިގެން ނިކުމެ ދިމާލަށް ފެންނަ އޮތް ހަގީގަތް ނުފެންނަކަމަށް ހަދައިގެން ދާއިރާގެ ވިންދާ ދެކޮޅަށް އިދިކޮޅުވެގެން އުޅުންނޫން ގޮތެއް ނޭނގުނު މީހަކުވެސް އެބަ ފެނެއެވެ. ރެޑްލީފް ގަލަމެއް ޖީބަށް ޖަހައިގެން މަޖިލީހަށް ވަދެ ކަންނެލި އޮޑިޔާ ލޯންޗު ފަހަރު ހޯދައިފިކަމަށް  ގޮވާ އަނބުރު ކަތިލި މީހާވަރު ނެތި ތިމާ ދާއިރާގެ ގޮނޑިއަށް ހޮވާދޭން އެންމެ އެހީތެރި މީހާ ނޮޅާކަށިކާން  ނިކުތުމުން ދާއިރާ މީހުންގެ ލޯބި ނެތިދާކަން އޮޅިފައިވަނީ ކީއްވެކަން އެނގޭ މީހުންވެސް ލައްކަ ގިނައެވެ. 

މަޖިލިސް ހުއްޓުވަނީ ކާކު ކީއްވެކަން ވަރަށް ސާފެވެ. މަޖިލީހުގެ ރައީސް ކަމުގައި އިތުބާރުނެތި ހުންނަން ފައި ވިއްދައިގެން އުޅޭ ނަޝީދުގެ ދާއިމީ ހަތުރުންގެ ބަޔަކު ނިކުމެ މީޑިއާގައި މަޖިލިސް ހުއްޓުވަނީ ސަރުކާރުންނޭ ބުނީމާ އެބައި ގަނޑުގެ ހީލަތްތެރި ކަމާ ތެދުވެރި ނިޔަތް ނެތްކަން ކިތަންމެހާ ވެސް ސާފެވެ. ދައްކާ ވާހަކައިގައި އިހުލާސްތެރި ކަމެއް ނެތްކަން ގައިމެވެ. އަލީ އާޒިމެއް އަލީ ހުސޭނެއް އާދަމް ޝަރީފެއް ރެޑްވޭވް ސަލީމެއް ކިޔާނެ ކަމެއް ނެތެވެ. ސިޔާސީ ގޮތުން ސަރުކާރަށް ޕްރެޝަރ ކުރުމުގެ ނިޔަތުގައި ރައީސް ނަޝީދު ކުރާހާ ކަމެއް ހަލާލުކޮށް ބޭރުފުށުން ފަސާދައަށް ސާބަސްދެނީ މުނާފިގު ކަމުންނެވެ.

]]>
Mon, 12 Jun 2023 15:44:12 +0500 ހީރަސްނިއުސް
ނަޝީދު މަތިގޮނޑިން ވެއްޓޭއިރު ލައްކަ އަޑު ހުންނާނެ! https://heerasnews.com/1510 https://heerasnews.com/1510 ރައްޔިތުންގެ މަޖިލީހުގެ ޤަދަރާއި ޢިއްޒަތުގެ ވާހަކަ ދައްކަން އެންމެ ތާހިރީ ކެނެރީގޭ ނަޝީދެވެ. ރައްޔިތުންގެ މަޖިލީހަކީ މީހުންގެ އިއްޒަތުއްނަފުސު ކަތިލަން ނަޝީދަށް ލިބުނު ރަންގަނޑެކެވެ. މިޔަ ތޫނު ހަންޖަރެކެވެ. ނަޝީދު މަޖިލީހުގެ ރިޔާސަތަށް ސަވާރު ވީއްސުރެ މަޖިލީހެކޭ ދަރިމައި ކުކުޅު ކޮއްޓެކޭ ތަފާތެއް ނެތެވެ. މެންބަރުންނަށް ވުރެ ގިނައީ ރިޔާސަތުން ކަންކަމުގައި ދެކޭގޮތާއި ބޭނުންވާ ގޮތް ހާމަ ކުރާ ވަގުތެވެ. މީގެ ކުރިއަކުން ރިޔާސަތަކީ ބަހުސްގައި ބައިވެރިވެ ބަސް ބުނާ ތަނެއް ނޫނެވެ.

ނަޝީދު މަޖީލީހުގެ ރައީސް ކަމަށް އިސްވުމާއެކު މެންބަރުންނަށް ވުރެ ގިނަ ވާހަކަ ދައްކަނީ ރިޔާސަތުން ނަޝީދެވެ. ކަމެއްގައި ހަމައެއް ލަމައެއް ނުހުރެއެވެ. މަޖިލީހުގެ ގަވައިދަކީ ނަޝީދު ވިދާޅު ބަސްފުޅެވެ. ނަޝީދާ ޖެހުމުން މަޖިލީހުގެ ކަރާމަތެއް ޝަރަފެއް ނޯވެއެވެ. މި ރާއްޖޭގައި ވެރިކަން ކުރިހާ ބަޔަކަށް ވަނަމުން ކިޔާ އެ ކަމަކީ ހަލާލު ހުއްދަ ކަމަކަށް ހެދިއިރު މަޖިލީހުގެ ކަރާމަތް އޮތީ ކޮންތާކުހެއްޔެވެ.

ވަޒީރަކު މަޖިލީހަށް ހާޒިރު ކުރިޔަސް އިންނަނީ ހޭކުޑާވެފައެވެ. ސުވާލު ކުރަން ބޭނުން ވެގެން ހުށަހެޅި މެންބަރުންނަށް ވުރެ ނަޝީދުގެ ސުވާލު ގިނަވެފާ އަނގަ ގަދައެވެ. ބޮލި ރަވައެއްހެން ތެޅުވުން ނޫން ކަމެއް ނުކުރެއެވެ. ދަން ދެބައި ވުމުން މަޖިލީހުގެ ރިޔާސަތު ދޫކޮށް ނުފިލާ ދުވަހެއް ނުދެއެވެ. މަޖިލީހުގެ ނިންމުމެއް ނެތިވެސް މަޖިލީހުގެ ނަމުގައި ބަޔާން ނެރުމާއި ރިޔާސަތަށް ނުލިބޭ އެތައް ބާރެއް ނަހަމަ ގޮތުގައި ބޭނުން ކުރެއެވެ. 

ފަހަކަށް އައިސް މަޖިލީހުގެ ތަޅުން ހަދާފައިވަނީ އިދިކޮޅު މީހުންގެ މައި ހަރުގެއަށެވެ. ހެއްދެވިހާ ދޮގެއް ހަދަހަދައިގެން ރައްޔިތުންނަށް ޗަރުކޭސް ދެއްކުން ނޫން ކަމެއް ނަޝީދު ނުކުރެއެވެ. ފުލެއް ބިތެއް ނެތް ބޭގަރާރުތައް ހުށަހަޅުވައިގެން ސަރުކާރު ބަދުނާމް ކުރުން ނޫން ކަމެއް ނުކުރެއެވެ. އެމްޑީޕީއަށް މަޖިލީހުން ބަހުސަށް ދޭން އޮތް ވަގުތުން ވައްކަންކޮށްގެން އެމްޑީޕީ ނޫން ބަޔަކަށް ވަގުތު ދިނީ މަޖިލީހުގެ މެންބަރުންގެ ކަރާމާތުގެ ކޮން ބާބަކުން ހެއްޔެވެ.

ދެ ވަޒީރެއްގެ އިތުބަރު ނެތްކަމަށް ހުށައަޅުވައިގެން ގިރަން އުޅުނު ރަނބަ ނުގިރި ގޮތް ހުސްވެ ދޮޅި ފެނުއެޅުނީމާ ވީ ރަކިން ގަޔަށް ހާޖަތަށް ދެވޭވަރު ވުމުން ނިޒާމު އޮޅާލީ ކަރާމާތުގެ ބޮޑުކަމުންތާއެވެ. މަޖިލީހުގެ މެންބަރުންގެ އިތުބާރު ގެއްލި ދަނޑި މޮކް ރެޓުން ލައްވާ އެހެން މެންބަރުނަށް ވަގަށް ގޮއްވާ އަނގަ އޮރި ކުރުވީ މެންބަރުންގެ ޝަރަފާއި ކަރާމާތް ކިހިލި ޖަހައިގެން އިދެއެވެ.  

ދައުލަތުގެ އެއްބާރު ބޮލަށް ލައިގެން މަވަރު މީހަކު ނެތިގެން އިންދާ ކޮށި އަރުވާލީ ކޮއްކޯފުޅު އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވެއްދުމުންނެވެ. ފާސް ކުރަން ބޭނުންވާ ވޯޓުގެ އަދަދަށް ވުރެ ބޮޑުތަނުން އިތުރު މެންބަރުން ސޮޔާއެކުގައެވެ. ދެނަކާ ދެނެއްނެތެވެ. މަޖިލީހުގެ ދާއިމީ ކޮމެޓީތައް އަލުން އިންތިޒާމު ކުރެވުނު ކަމަކަށް ނުވިއެވެ. އާއްމު ކޮމެޓީ، ކޮމެޓީއަކަށް ނުހަދާ އާއްމު ކޮމެޓީގެ ބައްދަލުވުމެއް ނުބާއްވާ އިވާ ވަކިނުކުރާން މެންބަރުން ފަހާދުވި އިރު މަޖިލީހުގެ ކަރާމަތާއި ޝަރަފު އޮތީ ފައިކޭޓްގައި ހެއްޔެވެ. 

އެކިޒާތުގެ އެކި ބަހަނާ ދައްކައިގެން އީވާގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގިޔަ ނުދޭން މަރުފަލި ޖަހަޖަހާ ހުއްޓާ ދެން ބިންދާލީ އެއަށްވުރެ މާ ބޮޑު ރާޅެކެވެ. ރިޔާސަތުން ނަޝީދު ބޭރުކުރުމުގެ ގޮއްރާޅެވެ. 54 މެންބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ފޮނު އެރުވި އެރުވުން ނިމުމަކަށް ގެންނަން ހިފާލުމުން މަރުތަޅު އެޅުނު ކަމަށް ހަދާ މަޖިލިސް ހުއްޓުވަން އޮތްހާ ކަމެއް ކުރެވޭތޯ ބަލަންފެށީއެވެ. ނަޝީދުގެ ދަލުގައި އަމީން ޢާންމާއި ކައުންސިލް ޖެނެރަލް ވެސް ގައިދުކޮށް އެ ފަކީރުންނަށް ވެސް އެތާ ހިމޭނުން ނުތިބެވޭވަރު ކޮށްލީއެވެ. 

މަޖިލިހުގެ ނަމުގައި ނޫސްބަޔާން ނެރެ ނަޝީދުގެ އަމިއްލަ ރައުޔު އަށްޑިހަ އެތައް މެންބަރުންގެ ނަމުގައި ނަޝީދު ފާޅުކުރީ މަޖިލީހުގެ ކޮން ނިންމުމެއް އޮވެގެން ހެއްޔެވެ. އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ރައީސަކަށް މަޖިލީހުގެ ރިޔާސަތުގައި ނީދެ ވޭނީ އެކަންޏެއް ނޫނެވެ. މަޖިލީހުގެ ނަމުގައި އިދާރީ ގޮތުން ވެސް ބަހެއް ނުބުނެވޭނެއެވެ. ރައީސްގެ ހައިސިއްޔަތުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. 

އާނއެކެވެ. މަތިގޮނޑިން ތިރިގޮނޑިއަށް ވެއްޓޭއިރު ލައްކަ އަޑު ހުންނާނެއެވެ. ލައްކަ އެއްޗެތި ދަށުވެ ޗިސްވެ ފުނޑު ވާނެއެވެ. ފިސާރި ލޮޅުން އަރާނެއެވެ. ދުނިޔެ ރަންވެ އަތްފައިން ގޯސްވެސް ހަދާނެއެވެ.

ވާނީވެސް އެހެންތާއެވެ. ވަކި އެކަކަށް ނެތް ވަރަށް ލިބި އޮތް އިނާޔަތާ ސަލާމަތާ ނަމުގެ ކުރީގައި އޮތް ރައީސް ފަތި ގެއްލޭތަން ފެނިގެން އަންނައިރު ތުރުތުރު އަޅާނެއެވެ. ގިސް ލެވޭނެއެވެ. ދެފައިތަޅާ ރޯނެއެވެ. އެންމެފަހުން ކަރާމާތް ބަނޑު ދަށު ލައިގެން ހުނި ގުރާބު ބަލާ ނުވަދެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.

]]>
Sun, 11 Jun 2023 21:38:50 +0500 ހީރަސްނިއުސް
ނަޝީދު ބޭނުމީ މަޖިލީހަށް ސިފައިން ވައްދަން! https://heerasnews.com/1496 https://heerasnews.com/1496 ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވައިގެން ދައުލަތް ހައިޖެކް ކުރުމުގެ ބޭނުން ނަޝީދަށް ވަރަށް ބޮޑެވެ. ސަބަބުތައް ބައިވަރެވެ. އިތުބާރު ނެތް ކަމަށް ދެ ވަޒީރެއްގެ މައްސަލަ މަޖިލީހަށް ވެއްދުވީ ނަޝީދުގެ މަކަރާ ހީލަތުންނެވެ. މަޖިލީހުގެ ތެޅުމުގައި އަބުރު ނަގާލާ ސަރުކާރަށް ކުނި ހުތުރު ގޮވާލުމުގެ ބޭނުމުގައި ދެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދީ އިތުބާރު އޮތްކަމަށް ފާސްވާނެކަން އެނގި ތިބެއެވެ.

ދެ ވަޒީރުންގެ އިތުބާރު ނެތް ކަމަށް ވެއްދިތަނުން ނަޝީދަށް ލިބުނީ މައި ނުބައިލަނޑެކެވެ. މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަން ފާސް ކުރެވޭ ވަރުގެ ބޮޑު އަގުލަބިއްޔަތުގެ ސޮޔާއެކު އީވާ ނައިބު ރައީސް ކަމުން ވަކި ކުރަން ހުށަ ހެޅުނީއެވެ. މަޖިލީހުގެ ރިޔަސަތު ހިސޯރުކޮށްގެން ނަޝީދަށް އިންނަން ލިބޭ ފުރުސަތު ހަނިވާތަން ނަޝީދަށް ފެނުނީއެވެ.

ނިޒާމުގެ ތެރެއިން ދެވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ހިންގާ އެ ބޭފުޅުންނަށް އިތުބާރު އޮތްތޯ ވޯޓަށް އަހައިގެން އެކަން ނިންމާކަށް ނަޝީދު ބޭނުމެއް ނޫނެވެ. އެ ދެ މައްސަލަ މަޖިލީހުން ނިންމުމަށް ފަހު އީވާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭނެތީ ކުރެވެން އޮތްލަހެއް ކުރަނީއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކި ކުރުމަށް ފަހު ނައިބު ރައީސަކަށް އައްޔަނު ވެގެން ދާނީ ނަޝީދުގެ ގޮނޑކޮއްކޮއެއް ނޫންކަން ނަޝީދަށް ރަނގަޅަށް އެނގެއެވެ. މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އީވާ ނޫން މީހަކު އަޔަ ނުދޭން ސިދާ ގޮތުންނަ ނުސީދާ ގޮތުން ކުރެވެން އޮތްހާ ކަމެއް ނަޝީދު ކުރާނެއެވެ. ދަނީ ކުރަމުން ވެސް މެއެވެ. 

އިވާ ނޫން މީހަކު މަޖިލީހުގެ ނައިބު ރައީސް ކަމަށް އަތުވެއްޖެ ނަމަ އަންނަން ހުރި ކަންކަން ނަޝީދަށް އެބަ ފެނެއެވެ. މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފެށިގެން ދާނެކަން އޭނާއަށް ކަށަވަރުވެއެވެ. އިތުބާރު ނެތްކަމުގެ މައްސަލައެއް ހިނގަ ހިނގާ އޮއްވާ އިމްތިޔާޒްގެ މައްސަލައެއް ވައްދުވައިގެން ވެސް އެ ޖަހާ ސަކަރާތަކީ ރައީސް ނަޝީދަށް މަޖިލީސްގެ ރައީސްކަން ގެއްލުނަ ނުދޭން ޖަހާ ސަކަރާތެވެ. 

އެކި ފާޑުގެ އުސޫލުތަކާއި އެކި ހަމަ އަޅުވައިގެން މަޖިލިސް މަރުތަޅު އެޅުވުމުގެ އެހެން ބޭނުމެއް ވެސް ނަޝީދުގެ އެބަ އޮތެވެ. ކަމަކީ އެމްޑީޕީ މެންބަރުން ވަރަށް ބޮޑަށް ހޭލާ ތިބެން ޖެހޭކަމެކެވެ. އެކަމާ މެދު ރައީސް ސޯލިހަށް ވަފަތެރި މެންބަރުންގެ ވިސްނުންފުޅު ބަހައްޓަވަނެކަން ވެސް އެނގެއެވެ. ރައީސް ޔާމީނު ހެއްދެވި ފަދަ ގޯހެއް ސަރުކާރު ލައްވާ ހައްދުވަން ނަޝީދު އިސްވެ ހުރެ އެޖަހާ މަޅީގައި ސަރުކާރުން ޖެހޭނެ ކަމަށް ހީކުރުމަކީ އިދިކޮޅާއި ނަޝީދުގެ މޮޔަކަމެވެ. 

އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ސަރުކާރަށް ތާއީދުކުރާ މެންބަރުން ކެތްތެރިކަމާއެކު ވިސްނުން އިސް ކުރައްވާނެއެވެ. ނަޝީދުގެ ކެހިވެރި މަޅީގައި ނުޖެހޭނެއެވެ. ނަޝީދުގެ ހީލަތްތެރި އެއްވެސް ނިންމުމެއް މަޖިލީހުން ނިންމިޔަކަ ނުދޭނެއެވެ. ނަޝީދުގެ ހީލަތާ ދެކޮޅަށް މަޖިލީހުގެ ފްލޯ މެނޭޖުކޮށް ހިފެހެއްޓުމަށް ވުރެ މޮޅު އެއްވެސް ގޮތެއް ގައުމަށް މިވަގުތަކު ނެތެވެ.

މަޖިލީސްގައި މަރު ތަޅު އަޅުވައިގެން ވެސް ނަޝީދު މިވަގުތު ބޭނުން ވާނީ ސަލާމަތީ ބާރުތައް މެދުވެރިކޮށް މަޖިލީހުގެ މައްޗަށް ސަރުކާރުން ބާރު ހިންގުވާށެވެ. އަބްދުﷲ ގާޒީ އެކަހެރި ކުރިހެން މަޖިލީހުގެ ރިޔާސަތުން ނަޝީދު އެކަހެރި ކުރުވާށެވެ. އިދިކޮޅު މެންބަރުން މަޖިލީހުން ނެރެ ބޭރުކޮށްގެން ސަރުކާރު ބޭނުންވާ ގޮތަށް މަޖިލީހުން ކަންކަން ނިންމުވާށެވެ. ބޭނުމަކީ ރައްޔިތުންގެ ތެރޭގައި ރައީސް ސޯލިހަށް ނަފުރަތު އުފެއްދުމެވެ. ނަޝީދުގެ މަގުބޫލުކަން އިތުރު ކުރުމެވެ. 

ބުނަން ހެއްޔެވެ. ރައީސް ސޯލިހު އެ ހުންނެވީ ތިޔަ ޒާތުގެ ފިތުނަވެރިން ދަމާހާ ފިތުނައިގެ ދަލެއްގައި ޖެހި ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. މަޖިލިސް ފަސްކޮށް ލަސްކޮށް މަޖިލީހުގެ ތެރޭގައި އިދިކޮޅުން ޗަރުކޭސް ކުޅެކުޅެ ތިބޭށެވެ. ތިޔަ ތާކު ނަޝީދާއެކު އިދިކޮޅުން ތިޔަ ޖަހާ ސަކަރާތަކުން ރައީސް ސޯލިހަށް ގެއްލޭ އެއްޗެއް ނެތެވެ. އެ މަނިކުފާނަށް ވަފާތެރި މަޖިލިސް މެންބަރުން ސަރުކާރާއި ރައީސް ސޯލިހު މަޖިލީހުގެ ތެޅުމުގައި ދިފާއު ކުރާނެއެވެ. ގެއްލި ހުސްވާނީ އިދިކޮޅުގެ ހަކަތައާއި ވަގުތެވެ. ރައީސް ސޯލިހު އެ އުޅުއްވަނީ އިދިކޮޅަށް އެދެމެދަށް ނުވަދެވޭހާ ރައްޔިތުންނާއި ގާތުގައެވެ.

]]>
Tue, 06 Jun 2023 14:25:50 +0500 ހީރަސްނިއުސް
ދާއިރާއާ ގުޅުވާ ކެންދޫ ދާއިރާގެ މެންބަރު ހެދީ ބޮޑުދޮގެއް https://heerasnews.com/1435 https://heerasnews.com/1435
ކެންދޫ ދާއިރާގެ ރަށްރަށުގައި ހިންގާ ޕްރިޖެކްޓްތަކާއި ގުޅިގެން ބޮޑު އިތުރުފުޅެއް ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ހުސައިން ހައްދަވައިފިއެވެ. އެދާއިރާގެ ކުޑަރިކިލުއާއި ކިހާދޫއާއި ދޮންފަނުގެ ބަނދަރަކީ ރައީސް ޔާމީނު ސަރުކާރުގައި ލޯނު ހޯދާ އެގްރިމަންޓް ހަދާ، ސޮއިކޮށް، ފައިސާ ހޯދާފައިވާ ޕްރޮޖެކްޓް ތަކެއް ކަމަށް ވިދާޅުވެ މަޖިލީހުގައި އަލީ ހުސައިން ހެއްދެވީ ބޮޑުވެގެންވާ އިތުރުފުޅެކެވެ.
ދޮންފަނު، ކިހާދޫ، ކުޑަރިކިލު ބަނދަރަކީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފަހުން ސަރުކާރުން އެޕިޑްފަންޑްއަށް ހުށަހަޅައިގެން ފައިސާ ހޯދާ ބަޖެޓްކޮށްގެން މި ސަރުކާރުން ހުރިހާ ކަމެއް އަލިފުން ޔާއަށް ކޮށްނިންމާފައިވާ މަސައްކަތެކެވެ. އަލީ ހުސައިން އެ ވިދާޅުވާ ގޮތަށް ކުރީ ސަރުކާރުގެ އެއްވެސް ދައުރެއް ނެތި ފުރިހަމަކޮށް ނިންމާފައިވާ ތިން ބަދަރެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކެންޕެއިން 2018ގެ ދުވަސްވަރާއި އެންމެފަހުން ރައްޔިތުން މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ކެންޕެއިން ތެރޭގައި ހޮދު އަލީހުސައިން ވެސް އެންމެ ބާރަށް ދެއްކެވި އެއް ވާހަކަފުޅަކީ އެ ތިން ރަށުގެ ބަދަރާ ގުޅޭ އެއްވެސް ކަމެއް ރައީސް ޔާމީނު ސަރުކާރުން ކޮށްފައި ނެތް ވާހަކައެވެ. މިހާރު ކުއްލިޔަކަށް އެ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖައްސަވާ ދާއިރާގެ ރައްޔިތުންނަށް އޮޅުވާލައްވާ ސިޔާސީ ގޮތުން ފިތުނަވެރިކަމުގެ ހުޅަށް ޕެޓްރޯލް އެޅުއްވިޔަސް ހަގީގަތް ބަދަލެއް ނުކުރެއްވޭނެއެވެ. 
ނަރުދަމާގެ މަސައްކަތް ނުނިމޭ ވާހަކަ ދައްކެވެނީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާތީ ނޫންހެއްޔެވެ. ނުކުރާނަމަ ނުނިމޭ ވާހަކަ އެއް ނުދެއްކޭނެއެވެ. ފަށައިގެން ކުރިއަށް ދާތީ ދެއްކެނީ ނޫންހެއްޔެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި އެތައް ސަތޭކަ ޕްރޮޖެކްޓެއް މި ސަރުކާރުން އެ ހިންގަނީ ރާއްޖޭގެ މަސައްކަތު ކުންފުނިތަކަށް އޮބި ނޯންނަ ވަރަށެވެ. ވެލާ ބިސްވަޅޭ މަދިރިފަންޏޭ މިހާރު ތިޔަ ވިދާޅުވެވެނީ މި ސަރުކާރުން ކަންތައް ތަކެއް ކުރާތީ ނޫން ހެއްޔެވެ. އަޑަށް ބާރުލައްވާ ކުރިން ދެއްކެވި ނަޖިސްފެނުން ރައްޔިތުން ފެންވަރާ ވާހަކަ މިހާރު ނުދައްކަވަނީ އެކަން މި ސަރުކާރުން މުޅި ރާއްޖޭގައި ހައްލު ކުރަމުން ގެންދާތީކަން އެނގެއެވެ. 
އިއްޒަތްތެރި މެންބަރަށް ދާއިރާގައި ހިނގާ ކަންކަން އަވަސްކޮށް ހަލުވިކުރުވަން ސަރުކާރާ ގުޅިގެން އުޅުއްވުމަށްވުރެ ބޮޑުވެގެން ތިޔަ އުޅުއްވަނީ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ރައްޔިތުންނަށްޓަކާ ސަރުކާރުން ކުރަމުން ގެންދާ ގެންދިޔުމެވެ. މި ސަރުކާރުން ދަރަވަންދުއާއި ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާފައި އޮތްކަމެއް ވެސް އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ކަމަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން ދާތަނެއް ފެނިވަޑައެެއް ނުގަންނަވައެވެ. ދަރަވަންދޫގައި ހުރި އެމެޖެންސީ ހެލްތު ކެއަރ ޔުނިޓެއް ފެނިވަޑައެއް ނުގަންނަވައެވެ. ކެންދޫ ބޯޅަދަޑާއި ކިހާދޫ ބޯޅަދަނޑާއި ދަރަވަންދޫ ބޯޅަ ދަނޑުގެ މަސައްކަތް ހިނގާތަނެއް ފެނިވަޑައެއް ނުގަނެއެވެ. އިންޖީނުގެތައް އަޕްގްރޭޑް ކުރެވޭ ތަނެއް ފެނިވަޑައެއް ނުގަންނަވައެވެ. ޝެޑިއުލާ އެއްގޮތަށް ބަރާބަރަށް ދާކަން އެނގިވަޑައިގަންނަވާނީ އެކުގައި ގުޅިގެން ކުރާކަންކަން ބައްލަވާ އެއްބާރުލުން ދެއްވާ މެންބަރުންނަށެވެ.
ދާއިރާގެ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާގެ މަސައްކަތް ހިނގާ ވަރަކާ ހިނގާ ގޮތެއް އެނގިވަޑައެއް ނުގަންނަވައެވެ. ދާއިރާގައި ކޮޅުނެތްކޮޅަށް ހިންގާ އެތައް ޕްރޮޖެކްޓް ހިނގާކަން އެނގި ވަޑައިގަންނަވަނީ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައި ގަންނަވާ ނަމަތާއެވެ. 
ދަންނަވަންތޯއެވެ. މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ހިތްއުފާ ކޮށްދެއްވަން ދައްކަވާ ދޮގުވާހަކަ އެމީހުން ގަބޫލުކޮށްފާނެއެވެ. އެކަމަކު ދާއިރާގެ ރައްޔިތުން ހުވަފެނުންވެސް ނުދެކޭހާ ތަރައްގީގެ ޕްރޮޖެކްޓްތައް މިސަރުކާރުން ހިންގާ ނިންމަމުން ދާކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކޮށް ބަލައިގަނެއެވެ. އިއްޒަތްތެރި މެންބަރު ދާއިރާގެ ރައްޔިތުންނާ ދުރުގައި މާބޮޑަށް އުޅުއްވޭތީ ދާއިރާގެ ވާހަކަ ދެއްކެވޭނީ އިދިކީލި ވިސްނުންފުޅުގައެވެ. 
]]>
Tue, 23 May 2023 18:59:08 +0500 ހީރަސްނިއުސް
ރައީސް ނަޝީދު ރަތް ރޮގު ހުރަސް ކުރައްވައިފި https://heerasnews.com/1371 https://heerasnews.com/1371
  • ފިޔަވަޅު އަޅަން ޖެހޭ!
  • ދޫދެމުން ދިޔައީ ފިޔަވަޅެއް ނޭޅިގެނެއް ނޫން!
  • މަޖިލީހުގެ ނަމުގައި އިދިކޮޅު ހަރަކާތެއް ނުހިންގޭނެ!
  • ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް އެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ. ޑިމޮކްރަސީއަށް އެންމެ ބޮޑަށް ވަކާލާތުކުރާ ބޭފުޅާގެ ތާޖު ތުރުކުރައްވައިގެން ހުންނެވި ފަރާތެވެ. އެމްޑީޕީގެ އަސާސީގަވައިދު އަދި އެމްޑީޕީގެ އަސާސްތައް ހިތުދަސްކަމަށް ގިނަބަޔަކު ދެކޭ ބޭފުޅާއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބެސްޓް ފުރެންޑް ކަމަށް ހެދިވަޑައިގެން އުޅުއްވާ ބޭފުޅާއެވެ.

    އުސޫލަކާ ހަމައެއްގައި ހިފަހައްޓަވާ ބޭފުޅެއްކަމަށް އެ މަނިކުފާނުގެ ސަޕޯޓަރުން ވަކާލާތު ކުރައްވާ ބޭފުޅަކީ ވެސް ރައީސް ނަޝީދެވެ. ހަމަލަމަ ނެތުމަކީވެސް ހަމައަކީ ތޯއްޗެވެ. ބަޔަކު ރައީސް ނަޝީދަށް ސަޕޯޓުކުރަނީ ވެސް އެހެންވެ ކަމަށް ވެދާނެއެވެ.  ރައީސް ނަޝީދު ކުރައްވާ ކޮންމެ ކަމަކަށް ސަރުކާރުންނާއި އެމްޑީޕީ ސެކެރެޓޭރިއޭޓުން ދޫދެމުން ދިޔައީ ފިޔަވަޅެއް ނޭޅިގެނެއް ނޫނެވެ. ފިޔަވަޅެއް އަޅަން ނުކެރިގެނެއް ވެސް ނޫނެވެ. ރައީސް ނަޝީދަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުންނެވެ.

    ޕާޓީން ކުރާ އިހުތިރާމްގައި ކޮޅުފައިން ޖައްސަވަނީ އަމިއްލަފުޅަށެވެ. އެމްޑީޕީގެ މެޖޯރިޓީއަށް އިހުތިރާމް ކުރެއްވުމެއްނެތިއެވެ.  ހިތްޕުޅަށް އަރައިވަޑައިގެން ކަމެއް ހިތްޕުޅަށް އަރާވަޑައިގެން ގޮތަކަށް ކުރައްވަމުން ގެންދަވަނީއެވެ. އެހެން އެވަނީ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ހީފުޅު ކުރައްވައިގެން ކަމަށް ވެދާނެއެވެ.

    ކަންކަން ހައްދުން ނެއްޓުމުން ހައްދު ފަހަނަ އެޅުން ހުއްޓުވާން ޖެހެއެވެ. ޕާޓީގެ ހަފޮޅުން ބޭރުވެ ދައުލަތުގެ އެއްބާރުގެ ނަމުގައި ދައުލަތާ ދެކޮޅަށް ތެދުވުމުން ހަމަމަގަށް އަޅުވަން ޖެހެއެވެ. ރައްޔިތުންގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއްނެތި ކަންކަން ކުރުމުގެ ބާރު މަޖިލީހުގެ ރައީސަކަށް ނުއޮންނާނެއެވެ. ވަކިވަކި މެންބަރުންނަކަށްވެސް ނުއޮންނާނެއެވެ. މަޖިލީހުގެ ކޮމެޓީތަކާއި ޗެންބަރއިން ބޭރުގައި ކުރެވޭނެ ކަންކަން މަޖިލީހުގެ ގަވައިދުގައި އޮންނާނެއެވެ. މަޖިލީހުގެ ނަމުގައި އިދިކޮޅު ހަރަކާތް ހިންގާކަށް މަޖިލީހުގެ ރައީސެއް ކަމަކު ޖާގައެއް ނުއޮންނާނެއެވެ.  

    ނަމަވެސް މިއަދު ރައީސް ނަޝީދު ވަނީ ރައްޔިތުން މަޖިލީހުގެ އިދާރާ ނަހަމަ ގޮތުގައި ބޭނުން ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ ބޭނުންކުރައްވައިގެން މީގެ ކުރިން ކުޅުއްވަމުން ގެންދެވި ކުޅިވަރު އިތުރު އުސްމިނަކަށް ގެންގޮސް ފައެވެ. ރައްޔިތުން މަޖިލިސް ބޭނުންކޮއްގެން ރައީސުލްޖުމްހޫރިއްޔާ އާއި މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދާ މިހާރު މިއޮތް ސަރުކާރުގެ ވަޒީރުންގެ ނޯކޮންފިޑެންސް ހުޅައަޅާ ޗަރުކޭސް ކުޅުއްވަން ފައްޓަވާފައެވެ.

    ބޭނުމަކީ އެންމެ ކަމެކެވެ. ރައީސް އިބޫއަށް ރައްޔިތުންގެ ތާއީދު ކުޑަކުރުމަށް ރައްޔިތުން މަޖިލިސް ހަތިޔާރަކަށް ބޭނުން ކުރުމެވެ. ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރަށުތެރެ ހަލަބޮލިކޮށް ބަގާވާތެއްކޮށް ގެން ނަމަވެސް ވެރިކަން ވައްޓާލުމެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ކުރިމަތި ނުލެއްވޭނެ ގޮތް ހެދޭތޯ ބެލުމެވެ. ރައީސް ސޯލިހު އިންތިހާބުގައި ވާދަކުރައްވައިފި ނަމަ ބޮޑު އަގުލަބިއްޔަތަކުން ހޮވި ވަޑައިގަންނަވާނެކަން ކަށަވަރު ކަމުން އެ ދޮރު ބަންދު ކުރުމަކީ އިދިކޮޅުގެ އެންމެ ބޮޑު ބޭނުމެވެ.

    ވެރިކަމަށް ދަހިލަވާފައި ތިބިވަރުން ރައީސް ނަޝީދުގެ ހީލަތްތެރި ރޭއްވެވުމުގައި އިދިކޮޅު ވަނީ ރަގަޅަށް ޖެހިފައެވެ. އަނެއްކޮޅުން އިދިކޮޅުގެ މަޅީގައި ރައީސް ނަޝީދުވެސް ޖެހިވަޑައިގެން ރަތްރޮގު ހުރަސް ކުރެއްވީއެވެ.  "ގުޅިފައިވާ ޕާޓީތަކުގެ ނޫސް ކޮންފަރެންސް" ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޕްރޮމޯޓުކޮށް މަޖިލިސްގެ ރަސްމީ ވެބްސައިޓްއިން ލައިވް ކުރުމަކީ ރައީސް ނަޝީދު ކުރެއްވި ވަރަށް ގޮތްކުޑަ ހަޑި މުޑުދާރު އަމަލެކެވެ. ލިބިވަޑައިގެން ނުވާ ބާރެއް ދައުލަތާ ދެކޮޅަށް ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކުރެއްވުމެކެވެ.

    ވެރިކަން ކުރާ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވާ އަމިއްލަފުޅު ޕާޓީއަށް ގައްދާރުވެ ވަޑައިގެން އިދިކޮޅާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަކީ ރައީސް ނަޝީދުގެ އިތުބާރު ގެއްލުމެވެ. އެމްޑީޕީއަށާއި ރައްޔިތުންނަށެވެ. ރައީސް ނަޝީދުގެ އަމަލުފުޅުތައް ބަހައްޓަވަ ގޮތުން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ހުށައެޅުން ނޫން ގޮތެއް މިހާރަކު ނެތެވެ. އިތުރަށް ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން ޗަރުކޭސް ކުޅުއްވުމަށް ފުރުސަތު ނުދެއްވުމަށެވެ. އެކަކަސްވެސް އެފުރުސަތު ދެވިގެން ނުވާނެއެވެ. މަޖިލީސްގެ ރައީސްކަމުން ރައީސް ނަޝިދު ވަކިކުރަން މިހާރު މަޖުބޫރު ކުރުވައިފިކަން އެމްޑީޕީގެ ޕީޖީ ގްރޫޕާއި ޗެއަރޕާސަން ގަބޫލުފުޅު ކުރައްވަން ވެއްޖެއެވެ.

    ]]>
    Thu, 11 May 2023 23:37:01 +0500 ހީރަސްނިއުސް
    އިބޫ ގަދަަކަން އިދިކޮޅަށް ހަޖަމު ނުވިޔަސް ރިޒާ ހަޖަމްކޮށްފި https://heerasnews.com/1240 https://heerasnews.com/1240 އުސްތާޒު އިބްރާހީމް ރިޒާ ދެއްކެވި އަހުލާގު އުސްތާޒު ހުސައިން ރިޒާ ވެސް ދައްކަވައިފިއެވެ. ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޝާޒް އިބްރާހީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ބަލިވެ ވަޑައިގެން ކެންޑިޑޭޓަށް ބަލި ހަޖަމް ކުރެއްވުނަސް ޒާތީ ތައްސަބާއި ފިތުނައިން ފުރިފައިވާ ޕީޕީއެމް ލީޑަރޝިޕާއި އެމްޑީޕީއާ އިދިކޮޅަށް ވުރެ އިދިކޮޅު ފިކުރެއްގެ ދިރުމަށް ޝާޒްގެ ކާމިޔާބީ ހަޖަމެއް ނުކުރެވެއެވެ. 

    ޕީޕީއެމް ފިކުރު މޫލާފައި އެތައް ޒަމާނެއް ވަންދެން އޮތް ގުރައިދޫ ދާއިރާއިން އެމްޑީޕީއަށް ގޮނޑިލިބުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ. ހާއްސަކޮށް ހަމްދަރުދީގެ އެތައް ވޯޓެއް ޕީޕީއެމް ކެންޑިޑޭޓަށް ލިބެން އޮތް ހައްސާސް ހާލަތެއްގައެވެ. އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ކާމިޔާބެއް ނޫންކަމަށް ދައްކަން ވާހަކަ ދައްކާ މީހުން ބުނަނީ ސަރުކާރުން ނުފޫޒު ފޯރުވި ކަމަށެވެ. ފައިސާ ބެހިކަމަށެވެ. ޕްރޮޖެކްޓްތައް އޮއްސާލީ ކަމަށެވެ. 

    އެންމެ ރަނގަޅެވެ. ވާދަކުރެވޭ ގޮނޑިއެއް ހާސިލް ކުރަން ކުރެވެން އޮތް ކަމެއް ނުކޮށް މަޖިލީހުން ގޮނޑިއެއް ހޯދައިގެން ހުރި ކަމަށް ބުނާ ހުރީ ކާކުހެއްޔެވެ. ބާރެއް ނުފޫޒެއް ފޯރުވެން އޮވެ އެކަން ނުކުރާ އެކަކުވެސް ހުރި ކަމަށްވޭ ހެއްޔެވެ. އެހެން ކަމުން ޝާޒް ބޮލުގައިވެސް އެ ތުހުމަތު އަޅުވާނެއެވެ. އަޅުވައެވެ.

    ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލީ ރައްޔިތު މީހާއެވެ. އެމީހާ އަމިއްލައަށް އެތަނަށް ގޮހެވެ. ފާހަގަ ޖަހަނީ އަމިއްލަ އިހުތިޔާރުގައެވެ. ވޯޓުގުނަނީ އެންމެންގެ ކުރިމަތީގައެވެ. މަންދޫބުންގެ ހާޒިރުގައެވެ. ނަތީޖާ ލިބުމުން ނަތީޖާ ގަބޫލުނުކޮށް އާދަމްގެފާނޭ ފަޅޮލޭ ކިޔާކަށް ރީއްޗެއް ނޫނެވެ. ރައްޔިތު މީހާ ލައްވާ ތިމާމެން ބޭނުންވާ މީހާގެ ނަމުގައި ފާހަގަ ޖެއްސުވޭވަރު ނުކުރެވުމަކީ ކާމިޔާބު ކުރާ ކެންޑިޑޭޓްގެ މައްސަލައެއް ނޫނެވެ. 

    ރައްޔިތުން ކަންކަމަށް މީހުން ހޮވަނީ އެމީހުން ބޭނުންވާ ކަންކަން ކުރުމަށެވެ. މީހަކު ތަނެއްގައި ހުރީމާ މުސާރައެއް ދޭކަށްނޫނެވެ. ރައްޔިތުން ބޭނުންވާ ގޮތަށް އެދޭ ގޮތަށް ކަންތައް ވާތަން ފެނުނީމާ ކަންކަން ކޮށްދޭ ބަޔަކަށް ވޯޓު ދޭނެއެވެ. ދުވަހަކު ހުވަފެނުންވެސް ވެދާނެކަމަށް އުއްމީދު ނުކާ އެތައްކަމެއް ލޯ ކުރިމަތީގައި ހިނގާތަން ފެނުނީމާ ސަރުކާރަށް ތާއީދުކޮށް ވޯޓު ދެނީކީ ނޫފޫޒަކުން އިންތިހާބަށް ބަހާ ފައިސާ އަކުން ނޫނެވެ. ކުރިން ޕީޕީއެމްގެ ތާއީދު ބޮޑު ގުރައިދޫ ދައިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ރައީސް ސޯލިހުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަނެ ތާއީދު ބޮޑުތަނުން އިތުރުވަމުން އަންނަ ކަމުގެ ހެއްކެވެ.

    ]]>
    Sun, 16 Apr 2023 18:21:50 +0500 ހީރަސްނިއުސް
    ގާސިމް ހުވާކުރާގޮތަށް ހުންނާނީ މުލިއާގޭ ބަގީޗާއަށް ފެންދޭން https://heerasnews.com/1231 https://heerasnews.com/1231 ގާސިމު އަތުގައި ހުރިއްޔާ ހުރި ފައިސާއެއް ހޭދަކޮށްގެން ކުރަން އޮތްހާވެސް ކަމަކީ ރިޔާސީ އިންތިހާބު ފިކުރެއްގެ ދިރުމަށް ކާމިޔާބު ކޮށް ދިނުމެވެ. ފިކުރެއްގެ ދިރުމުގެ ކޮތަރު ސަރުކާރުގެ ރައީސް އަކީ ގާސިމް އިބްރާހީމެވެ. އެސަރުކާރުގައި ގާސިމަކަށް އެހެން އެއްޗެއް ނެެތެވެ.

    ގާސިމު ފަކީރު ރައީސް ކަމަށް އިންތިހާބު ވުމާއެކު ހުވާވެސް ނުކޮށް ޖެހެނީ ނަޝީދަށް ބޮޑުވަޒީރުކަން ދޭށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަޝީދާ އެއްކޮޅަށް ފޮރޮޅާލަދޭށެވެ. މަޖިލިހުން ނިންމައިގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކޮށް ދޭށެވެ. އޮތް މަޖިލީހުގެ މެންބަރުންގެ އުމުރު ދިގުކޮށް މެންބަރުންނަށް ވަޒީރުކަމުގެ ހުވަފެން ދައްކައިގެން ބަރުލަމާނީ ވެރިކަމަކަށް ވެރިކަމުގެ ނިޒާމް ބަދަލުކޮށްދޭށެވެ. ކޫރުމެއްވެސް އަޅުވާނުލާ ނަޝީދު ބަހައްޓައިގެން މިހުރީ ހައްތަހާވެސް ގާސިމް ނަޝީދަށް ކޮށްދޭންޖެހޭ ކަންކަމެވެ. 

    ފިކުރެއްގެ ދިރުން ސަރުކާރުގެ ރައީސަކީ މާބަރުގަދަ ރައީސެކޯލައެވެ. މަޖިލީހުގެ ވަކިވަރެއްގެ ތާއީދު ލިބިގެން އެ ރައީސަށް މަޖިލިސް އުވާލެވެ ޔޯލައެވެ. މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ބަޔަކު އައްޔަނުކުރުމުގެ ބާރު ރައީސަށް އޮންނާނެ ޔޯލައެވެ. ރައީސް އައްޔަނު ކުރިޔަސް ވަޒީރުން ތިބޭނީ ބޮޑުވަޒީރުގެ އަޅުކުދިން ގޮތުގައެވެ. ރައީސަށް ދައުލަތް ހިންގުމުގައި ބާރު އޮންނަނީ މޮހަނަށް ދޯނި ދޭ އުސޫލުންނެވެ. ދައުލަތް ހިންގާނީ ބޮޑުވަޒީރު ނަޝީދެވެ. 

    ވާނީ އެހެންތާއެވެ. ދިވެހި ރައްޔިތުން ތިބީ ނަޝީދަށް ބޮޑުވަޒީރުކަން ނުދެވިގެން ކެތްމަދުވެފައެވެ. ނަޝީދަށް ދައުލަތް ހިންގުމުގެ ބާރު ނެތިއްޔާ ދިވެހި ދައުލަތެއް ނުއޮންނާނެއެވެ. ގާސިމް އިބުރާހީމްގެ މުއްސަދިކަމާއި ސިޔާސީ ބާރުވެރިކަން ގުރުބާން ކޮށްދޭންވީ ނަޝީދަށް ބާރުވެރިކަން ހޯދާދޭށެވެ. ޖީޓީ މަނިކަށް ޖެހުނު ހާލު ގާސިމަށް ޖައްސަން ނަދުރު ގަނެގެން ހުރި ނަޝީދު މި ފަހަރު އަމާޒު ހިފަފާ އެހުރީ ކަޅުއޮށު ބަނޑުދަށު ބޮޑުވާ ކޮރަކަލީގެ އުސޫލަށެވެ.

    2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ހުވާކުރުމުގެ ކުރިން ނިޒާމު ފޮރޮޅާލާ ރައީސް ކަމަށް ހުވާކުރާ ގޮތަށް ގާސިމަށް އޮތީ މުލިޔާގޭ ބަގީޗާއަށް ފެންދޭން ހޮޅި ހިފައިގެން ހުރުމެވެ. އެންމެފަހުން އަަތަށް އަސާގަނޑެއް ދީފާ ސައްޕުޖަހާ މިސްކިތު ދާލައަށް ފޮނުވާ ނުލައިފިއްޔާ ރަނގަޅެވެ. 

    ]]>
    Fri, 14 Apr 2023 16:48:09 +0500 ހީރަސްނިއުސް
    ޖޭޕީގެ އިސްބަޔަކު އެމްޑީޕީ ކެންޑިޑޭޓާ ކޯލިޝަން ހެދުން https://heerasnews.com/1207 https://heerasnews.com/1207 2023 އަށް އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާފައި އެބަހުއްޓެވެ. އެމްޑީޕީއާއި އެކު އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވްލޮޕމެންޓް އެލަޔަންސް (އެމްޑީއޭ)ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ބައިއަތު ހިފާފައެވެ. ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅިފަހުން 2023 ރިޔާސީ އިންތިހާބާ ގުޅިގެން ޖުމްހޫރީ ޕާޓީއާއެކު އެމްޑީޕީން އެއްވެސް ފެންވަރެއްގައި މަޝްވަރާއެއް ނުކުރެވެއެވެ. 

    އެމްޑީޕީގެ ނަމުގައި އެއްވެސް ކަމެއް އެކަކަށް ވެސް ކުރެވޭނީ އަސާސީ ގަވައިދުގައި ވާގޮތަށެވެ. އެމްޑީޕީގެ ރައީސަށް ވެސް ސިޔާސީ ގޮތުން ޕާޓީގެ ނަމުގައި ސިޔާސީ މަޝްވަރާއެއް ކުރެވޭނީ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން 2023 ގެ ރިޔާސީ އިންތިހާބާ ގުޅިގެން ނިންމުން ތަކެއް އޮތީ ނިންމަފައެވެ. 

    2023 ގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ރަސްމީކޮށް ގަބޫލުކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް ގައުމީ މަޖިލީހުން ވަނީ އަރުވާފައެވެ. ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީން ނިންމަން ޖެހޭ ނިންމުންތައް ނިންމުމާއި މަޝްވަރާ ކުރަންޖެހޭ ފަރާތަކާ މަޝްވަރާ ކުރުމާއި ކޯލިޝަން ހަދަންޖެހޭ ބަޔަކާ ކޯލިޝަން ހެދުމުގެ ހުރިހާ ބާރު އޮތީ ރިޔާސީ ކެންޑިޑޭޓަށް ގައުމީ މަޖިލީހުން ދީފައެވެ. އެހެން އެއްވެސް ފަރާތަކަށް އެމްޑީޕީގެ ނަމުގައި ސިޔާސީ މަޝްވަރާކޮށް ގޮތް ނިންމާކަށް ގައުމީ މަޖިލީހުން ބާރު ދީފައެއް ނުވެއެވެ.

    މާ މޮޅު ކަމަކަށް ވެގެން ޖޭޕީ ލީޑަރޝިޕުގައި މަސައްކަތް ކުރާ ނިހާނުމެން ފަދަ މީހުން ޖޭޕީގެ ފަރާތުން ޝަހުސު އޮޅުވާލުމުގެ ޓްވީޓްތައް ކުރާއިރު ހީވާނީ ޖޭޕީ ކެންޑިޑޭޓް ހޮވަން އެމްޑީޕީން ބައިއަތު ހިފައިގެން އުޅޭ ހެންނެވެ.

    ކުރެވެނީ ކިހާވަރެއްގެ ކުށެއްކަން އިހުސާސް ނުވެއެވެ. ނިހާނުމެން އެ ފާޑަށް ކުރާ ޓްވީޓުން ރައްޔިތުން މޮޔަ ހެއްދޭނެ ކަމަށް ހީކުރުމަކީ މާ މޮޅު ކަމެއް ނޫނެވެ. ނުކުޅެދުންތެރި ކަމެވެ. އެވަރު ކަމެއްގައި ވެސް ވައްކަމެއް ނޫނީ ކުރާކަށް ނިހާނުމެންނަކަށް ނޭނގޭނެއެވެ. 

    އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާ ރިޔާސީ ޓިކެޓް ވަކި މީހަކަށް ދިނުމަށް ފަހު ރިޔާސީ އިންތިހާބު ނިމެންދެން އެމްޑީޕީގެ އެންމެ އިސްވެރިޔަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް އަސާސީ ގަވައިދު ސާފުކޮށް ބުނެއެވެ. 

    އިސްވެ ބުނެވުނު ސަބަބާ ހުރެ ޖުމްހުރީ ޕާޓީން އެމްޑީޕީ ސެކެރެޓެރިއޭޓްއާއި އެކު ކޯލީޝަން ހެދުމުގެ މަޝްވަރާތައް ކުރެވެމުން ދާކަމަށް ޖޭޕީގެ ލީޑަރޝިޕުން ދައްކާ ދެއްކުމަކީ ޖޭޕީން ކުރާ ގާނޫނީ ކުށެކެވެ. ގާނޫނީ ގޮތުން ވަކި ފަރާތަކަށް ލިބިފައިވާ ބާރެއް ގައިރު ގާނޫނީ ގޮތުގައި ބޭނުން ކޮށްގެން މަންފާއެއް ހޯދުމެވެ. ކަމަކީ ޖިނާއީ ކުށެކެވެ. 

    އެމްޑީޕީގެ މެންބަރުން ތަކެއް އެމްޑީޕީގެ ނަމުގައި ޖޭޕީއާއި އެކުގައި ކޯލިޝަން ހެދުމަކީ ޖޭޕީއަށް ބަލައިގަނެވޭ މޮޅުކަމެކެވެ. އެހެން ކަމަށް ވާނަމަ ޖޭޕީގެ މެންބަރުން ތަކެއް ޖޭޕީގެ ނަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޓާއި ކޯލިޝަން ހަދައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބު ކޮށްދޭން ފާޅުގައި މަސައްކަތް ކުރާތަން ލަހެއްނުވެ ފެންނާނެއެވެ.

    ]]>
    Sat, 08 Apr 2023 16:00:41 +0500 ހީރަސްނިއުސް
    ސޯލްސްބަރީގައި ކައްޗާ ދުއްވަންދާން މާ ގިނަ ދުވަހެއް ނެތް https://heerasnews.com/1195 https://heerasnews.com/1195 ފިކުރެއްގެ ދިރުމުންނާއި ޖުމްހޫރީންނާއި ޕީޕީއެމުން އެންމެ ބޭނުންވާނެ އެއްކަމަކީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހަށް އޮތް ބޮޑު ތާއީދު ގެއްލުވާލުމެވެ. މަޖިލީހުގައި ސަރުކާރުގެ ވާގި ނައްތާލުމެވެ.

    ދެއިރު ދެދަޅައަށް ވަޒީރުން ހާޒިރު ކޮށްގެން ސަރުކާރު ފަލީހަތްކުރަން ކުރަން އުޅޭ މަސައްކަތް ފޭލިވަމުން ސަރުކާރު ބާރުވެރި ވަމުން ދާތަން ދެކެން އެންމެ އުދަނގޫ ވާނީ ރައީސް ނަޝީދަށެވެ. ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލުގައި އިނުމަކީ އަސަރުފަށެއް ކުރާނެ ކަމެއްތާއެވެ. 

    މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމަށް ހުށަހެޅުމަށްފަހު ވަޒީރު ހާޒިރުވެވަޑައިގެން ސުވާލަށް ޖަވާބު ދެއްވަން ތާވަލު ކުރެވިފައިވަނިކޮށް މެންބަރުން ސުވާލު އަނބުރާ ގެންދާތީ ނަޝީދު ކަންބޮޑު ވާނެއެވެ. ޖައްސަން އުޅޭ ހީލަތުގެ މަޅީގައި ވަޒީރުންނާއި ސަރުކާރު ނުޖެއްސޭތީއެވެ. 

    ފުލުފުލުގައި ފިކުރެއްގެ ދިރުމުން ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅައިގެން ވައިގައިނުހިފާ ދިޔައީ ތޮޅިއަށެވެ. ދެންވެސް ދާނީ ތޮޅިއަށެވެ. ވަކި ވަކި މެންބަރުން ލައްވާ ވަޒީރުންނާ ސުވާލު ކުރުވުމަކީ ސަރުކާރު ފަލީހަތް ކުރުމަށް ނަޝީދު ހިންގާ ނާކާމިޔާބު ސިލްސިލާގެ ބައެކެވެ.
    ގާނޫނުން ވަޒީރުންނާ ސުވާލުކުރުމުގެ ޖާގަ ދީފައި އޮންނަނީ މަތިވެރި މާތް މަގުސަދެއްގައެވެ. ގައުމު ހަލަބޮލިކޮށް ފިތުނަ އުފައްދާ ވަކި މީހަކު ވެރިކަމުގައި ނެތިއްޔާ ސަރުކާރު ވާގި ނައްތާކަށް ނޫނެވެ.
    އިދިކޮޅާ ގުޅިގެން ރައީސް ނަޝީދު ރާވާ ހިންގާ ފިތުނަވެރި ކޮންމެ ހަރަކާތެއް އިސާހިތަކު އެ ގޮވަނީ އަތަށެވެ. މަޖިލީހުގައި ރައީސް ނަޝީދު ޖަހަން އުޅޭ ސަކަރާތެއް ދެން ނުޖެހޭނެއެވެ. 
    ސީދިއޮޑިޔަށް ސައިތާނު އަރާ އިންހެން ދެބޭން ވެގެން މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން ތިބި ތިބުމަށް ލަހެއްނުވެ ނިމުން އައުން ދާދިކައިރި ވެއްޖެއެވެ. ދެބެން ވެގެން ބަރުލަމާނީ އޮޑި ފައްތާލާ އިނގިރޭސިވިލާތުގެ ސޯލްސްބަރީގެ މިނިވަން ޖައްވުގާ ކައްޗާ ދުވަން ދާކަށް މާގިނަ ދުވަހެއް ދެން ނެތެވެ. 
    ]]>
    Mon, 03 Apr 2023 18:21:53 +0500 ހީރަސް
    ޕީޕީއެމުން އަފްރާޝީމަށް ދިންކެހި ރިޒާއަށް ދޭނެ! https://heerasnews.com/1126 https://heerasnews.com/1126 ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާހީމް ރިޒާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

    މަރުހޫމް ރިޒާއަކީ މަޑުމައިތިރި ކެއްތެރި ހިތްހެޔޮ ބޭފުޅެކެވެ. ގަބޫލު ކުރައްވާ ސިޔާސީ ފިކުރާހެދި ޕްރޮފެޝަނާއި މަގާމް ކޮމްޕްރަމައިޒް ކުރެއްވި ބޭފުޅެއްނޫނެވެ. ހަގީގީ ޑިމޮކްރޭޓެކެވެ.

    ޕީޕީއެމްގައި ހުންނެވިޔަސް ލޯޔަރ ރިޒާ ބަޅުރުކުގެ އަޅަކަށް ވެވަޑައި ނުގަންނަވައެވެ. މަޖިލިސް މެންބަރ ރިޒާގެ ވަކިވެވަޑައި ގަތުމަކީ ގެއްލުމެކެވެ. އެކަމާ މެދު ހިތާމަ ކުރުން ހައްގު ވަކިވެ ވަޑައިގަތުމެކެވެ.

    ވަކިވެދިޔަ އިއްޒަތްތެރި މެންބަރ ރިޒާގެ ހަނދާނުގައި ހިތާމަ ފާޅުކޮށް ތައުބީނުގެ ޖަލްސާ ބާއްވާ ރިޒާގެ ޝަރަފުގައި ދާއިރާގެ މަޖިލިސް ޓިކެޓް މަރުހޫމް ރިޒާގެ ކޮއްކޯފުޅަށް ޕީޕީއެމުން އެރުވުމަކީ އިހުލާސްތެރިކަން އޭގައި އޮތްނަމަ ކިތަންމެހާވެސް ރަނގަޅުކަމެކެވެ. އެހެނަސް ގުރައިދޫ ދައިރާގެ ޓިކެޓް ރިޒާގެ ކޮއްކޯފުޅަށް ޕީޕީއެމުން އެރުވުމުން ކައިރި މާޒީގެ ހިތި ހަނދާނެއް ކެކިއަރައިގެންފިއެވެ. 

    ޕީޕީއެމްގައި ދެވަނައެއް ނެތް ޑރ. އަފްރާޝީމް އަލީގެ ހަނދާނެވެ. އަފްރާޝީމް ވަކިވެ ވަޑައިގަތުމުން ޕީޕީއެމުން ނުކުރަނީ ކީއްހެއްޔެވެ. އަފްރާޝީމްގެ ހަނދާނުގައި ކުރި ހުރިހާ ކަމަކީވެސް އެ މަނިކުފާނުގެ ނިސްބަތުގައި ހައްގު ކަންކަމެވެ. އަފްރާޝީމަށްޓަކައި ޕީޕީއެމުން ކުރި އެންމެ މުހިންމު އެއްކަމަކީ އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީނަށް ދާއިރާގެ ޓިކެޓް ދީގެން ހަމްދަރުދީގެ ވޯޓުން ރައްޔިތުންގެ މަޖިލިސްގެ މެންބަރު ކަމަށް އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީން ހޮވުމެވެ.

    އިބްރާހީމް އަމީން މަޖިލީހަށް ހޮވިވަޑައިގަތީ މެންބަރު ކަމަށް ކުރިމަތިލުމުގެ ގާނޫނީ ހުރިހާ އުންސުރެއް ހަމަވެގެން ކުށެއް ބުށެއް ނެތިއެވެ. ރެކޯޑްތައް ވަރަށް ސާފުކޮށް އޮވެގެންނެވެ. ދާއިރާގެ ލޯތްބައި ހަމްދަރުދީއާއި އެކުގައެވެ. 

    ޑރ. ވަހީދުގެ ބަގަވީ ވެރިކަން ނިމި ރައީސް ޔާމީނުގެ ވެރިކަން ފެށުނު އިރުވެސް އުގޫފާރު ދައިރާގެ އިއްޒަތްތެރި މެންބަރަކީ އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީނެވެ. ޕީޕީއެމްގެ އަރާ ބާރު އޮވެ ވެރިކަމުގެ ކުރީކޮޅު އެންމެ ފުރަތަމަވެސް ޔާމީނު ހަމަލާ ދިނީ އަފްރާޝީމްގެ ކޮއްކޮ އުގޫފާރު ދައިރާގެ މެންބަރު އަމީނަށެވެ. މެންބަރ އިބްރާހީމް އަމީނަށް މަޖިލިސް ގޮނޑިގެއްލުވާލުމަށްވުރެ އިސް އެއްވެސް އެހެންކަމެއް ރައީސް ޔާމީނުގެ ނެތެވެ. މެންބަރ ކަމުގެ މަގާމުގައި ހުންނަވައިގެން އަމީނު ކުރެއްވި ކުޑަވެސް ކުށެއްނެތިއެވެ. "ކުޑައިރު ގުއިކެއުން" ކަހަލަ މައްސަލައެއް ހޯދައިގެން ފްރޭމްކޮށްގެން މެންބަރު އަމީންގެ މައްޗަށް ހިޔާނާތުގެ ކުށެއް ސާބިތު ކުރުވީ ދައުރު ފުރިހަމަ ނުވަނީހެވެ. ރަހުމެއް ކުލުނެއް ނެތި މަޖިލިސް ގޮނޑި ގެއްލުވާލާ މެންބަރ އަމީނުގެ މުޅިހަޔާތް ޕީޕީއެމުން ބަނގުރޫޓް ކޮށްލީއެވެ. ޑރ. އަފްރާޝީމް ނެތުމުގެ ހިތާމައިގައި ތިބި އެ އާއިލާ މެންބަރު އަމީނަށް ދިން ވޭން ދެނިވި އަނިޔާއިން އިތުރަށް ބިކަކޮށްލީއެވެ.

     މެންބަރ ރިޒާގެ ޝަރަފުގައި ކަމަށް ބުނެ ލަވަކިޔާފައި ޕީޕީއެމުން މެންބަރު ރިޒާގެ ކޮއްކޯފުޅު އުސްތާޒު ހުސައިން ރިޒާއަށް ޓިކެޓް ދީފިއެވެ. ކުރިން ޑރ. އަފްރާޝީމްގެ އާއިލާއަށް ދިންކެހި ޕީޕީއެމުން މިފަހަރު އުސްތާޒް ރިޒާގެ އާއިލާއަށް ނުދީފިއްޔާ ރަނގަޅެވެ. އެދުވަހަކުން ލޮލުން ފެންނުހިކޭނެ ކިތަންމެ ބަޔަކު ތިބޭނެއެވެ. 

    ސިޔާސީ މަންފައަށްޓަކާ ޕީޕީއެމުން ކުރިން ގުރުބާން ކުރީ މެންބަރު އަމީނެވެ. މި ފަހަރު ކަތިލެވޭ ކަންބަޅިޔަކީ ލޯޔަރ ހުސައިން ރިޒާއަށް ނުވުމަށް ވުރެ ވުން ކައިރިއެވެ. ހަމަތެދެކެވެ. ވަކި ވަރަކަށް ވުރެ ބަޅުރުކަކުން ތެދު ގުޅިއެއް ހޯދަން ވަކަރަށް ޖަހާނީ މޮޔައެކެވެ. 

    ]]>
    Sat, 11 Mar 2023 16:19:34 +0500 ހީރަސް
    ވެންޓިލޭޓަރ ވާހަކަ ދައްކަން އަފީފް ރީއްޗެއްނޫން https://heerasnews.com/1106 https://heerasnews.com/1106 ކޮވިޑްގެ ހާލަތު މިހާރަކު އެކަކުވެސް ހަނދާނެއް ނެތެވެ. ލައްކަ ލައްކައިން ކޮންމެ ދުވަހަކު ދުނިޔޭން މީހުން މަރުވަމުން ދިޔަކަން ހަނދާނެއް ނެތެވެ. އެމެރިކާ ފަދަ ފޯރާ އިތުރުވެފައި ތިބި ގައުމުތައް ވެސް އެ ދުވަހު ތިބީ ގޮތް ހުސްވެފައެވެ. ހުރިހާ ގައުމެއްގައި އޮތީ މަރުތަޅު އަޅުވާފައެވެ. އެއް ގައުމުން އަނެއް ގައުމަށް ދަތުރު ފަތުރެއް ނުކުރެވެއެވެ. އެއްގެއިން އަނެއްގެއަށް މީހުން ގޮހެއް ނޫޅެވެއެވެ. އެންމެންހެން ތިބީ މަރުގެ ތުންފަތްމަތީގައި ގަޑި ގުނާލަ ގުނާލައެވެ.

    ދެވޭނެ ފަރުވާއެއް ބޭހެއް ނެތެވެ. މުޅި ދުނިޔެހެން އޮތީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރަކީ އެ ހާލަތަށް އެންމެ ބޭނުން ބޮޑުވި އާލާތެވެ. ފަރުވާއެވެ. އެމެރިކާގައި ވެސް ކާރު އުފައްދާ ކުންފުނިތަކަށް މަޖުބޫރު ކޮށްފައި އޮތީ ވެންޓިލޭޓަރ އުފައްދާށެވެ. އެ ބަޔަކަށް ލިބެން އޮތް ގޮތަކުން ވެންޓިލޭޓަރ ހޯދުމަކީ ހުރިހާ ސަރުކާރުން އެއިރު އެންމެ އިސްކަން ދިން ކަންތަކެވެ. އުފެއްދުންތެރި ކަމެއްނެތް ރާއްޖެ ފަދަ ގައުމުތަކަށް އޮތްހާ ވެސް ގޮތަކީ ލިބެން އޮތް ގޮތަކުން ވެންޓިލޭޓަރ ހޯދުމެވެ. 

    ވެވަށް ވެއްޓުނު ގެރިއަށް ވެގެން ވެންޓިލޭޓަރު ނުލިބި ރައްޔިތުންގެ ގިނަ ބަޔަކު މަރުވެ ދާތަން ބަލަހައްޓައިގެން ތިބޭކަށް ސަރުކާރަކަށް ކުޅަދާނައެއް ނޫނެވެ. ލިބެން އޮތް ގޮތަކުން ވެންޓިލޭޓަރ ހޯދުން ނޫން އެއްވެސް ގޮތެއް އޭރަކު ނެތެވެ. މަރުގެ ތުންފަތް މަތީގައި ރައްޔިތުން ތިބިއިރު އެކަން ކޮށްދޭނެ ކަމަށް އިތުބަރާއެކު ބުނާ ބަޔަކު ބުނާ ގޮތަކަށް އެކަން ނުކޮށް ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

    އެއިރަކީ ހުރިހާ އޮފީސްތައް ބަންދުވެ ކޮންމެހެން ނިކުންނަން ޖެހޭ މީހުން ނޫން ބަޔަކު ބޭރަށް ނިކުމެ އުޅުން މަނާ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. ނިކުމެ އުޅޭ ބަޔަކު ނިކުމެ އުޅެނީ ވެސް ސިއްހީ ހިދުމަތް ދިނުމަށާއި ކާބޯތަކެތި ފޯރުކޮށް ދިނުމަށެވެ. ނިކުތުން މަޖުބޫރު މީހުން އެކަންޏެވެ. ހިދުމަތަށް ނިކުމެ އުޅުނު މީހުންވެސް ތިބެން ޖެހިފައި އޮތީ އެކަހެރި ތަންތާ އައިސޮލޭޓް ވެގެންނެވެ.

    ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ ކަމެއް ކުރުމަށް އާއްމު ހާލަތުގައި ކަންކަން ކަށަވަރު ކުރުމަށް އޮންނަ ހުރިހާ އިޖުރާތެއް ފުރިހަމަ ކުރެވުމަކީ މުސްތަހީލު ކަމެކެވެ. ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުގެ އިސްވެރިޔާ ދޭ މަޝްވަރާ އަކަށްވުރެ އިތުބާރު ހުރި އެހެން މަޝްވަރާއެއް އެ ހާލަތުގައި ހޯދޭނެ ހެއްޔެއވެ. ފުރާނަ އަތްމައްޗަށް ލައިގެން މުޅި ދުނިޔެ އޮތް ދަނޑިވަޅެއްގައި މަކާރާ ހީލަތުން ބަޔަކު ކަމެއް ކޮށްފާނެ ކަމަށް އެކަކުވެސް އުންމީދެއް ނުކުރާނެއެވެ. 

    އާއްމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ކުރަންޖެހޭ ހޭދައެއް ނުކުރެވި އިޖުރާތެއްގައި ބަނދެވިގެން އެކަން ނުވުމަށް ވުރެ ކުރެވެން އޮތް ގޮތަކަށް އެ ދަނޑިވަޅުގައި އެކަމެއް ކުރާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތަކީ އާއްމު ހާލަތެއް ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރެވޭ ކަމެއްގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަކީ އާއްމު ހާލަތަށް އައުމުން ކުރެވޭނެ ކަންކަމެވެ. އެކަމުގައި އިޖުރާއަތާއި އެއްގޮތަށް އެ ހާލަތުގައި ކަންކަން ނުކުރެވިގެން ލިބޭ ގެއްލުމަކީ ގަސްދުގައި ސަރުކާރު ހިންގަން ތިބި ބަޔަކު ދިން ގެއްލުމެއް ކަމަށް ބަލައިގެން ސިޔާސީ ޗަރުކޭސް ކުޅެނީ އޭގެން ނާޖާއިޒު މަންފާ ހޯދަން އުޅެ ނުލިބިގެންނެވެ. 

    ވެންޓިލޭޓަރ ހޯދައިދޭން މަތިވީ އެގްޒެކިއުޓާސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވުން އޮވެ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެކެވެ. އެހެން އެކަން އޮވެމެ މުޅި މަންޒަރު ބަދަލުކޮށްގެން ވެންޓިލޭޓަރ މައްސަލަ ހޫނުކޮށް ކައްކަނީ ކާކު ކީއްވެކަން ވަރަށް ސާފެވެ.

    އޭރު ހާލަތު އޮތް ގޮތުން ވީ އެންމެ އަވަހަކަށް ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތް ކަން ސިއްހީ މާހިރުންގެ ލަފާކުރުން ތަކުން ވެސް ފެންނަން އޮތެވެ. އޭގެ އެޑްވާންޓޭޖް ނެގީ އޭރު ވެސް މިހާރު ވެސް ސިޔާސީ ގޭމު ކުޅެގެން ޒާތީ މަންފާ ހާސިލު ކުރުމުގައި ދެވަނައެއް ނެތް މީހާއެވެ.

    ދުބާއީ އެގްޒެކިއުޓާސް ކުންފުންޏަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 75 ޕަސެންޓް ދައްކައިގެން ނޫން ގޮތަކަށް ވެންޓިލޭޓަރުތައް ލިބެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އޭރު އޮތީ ފިނޭންސަށް އަންގާފައެވެ. ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތްލެއް ބޮޑުކަމުން ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ނޫން ގޮތެއް ނެތިގެން ސަރުކާރުން އެ ފައިސާ ދެއްކީއެވެ. ކަމަކީ އެހާ ސާފުކޮށް އެގެން އޮތް ކަމެކެވެ.

    ރާއްޖެއަށް ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ވެންޓިލޭޓަރ ހޯދައިދޭނެކަމަށް ބުނި ކުންފުންޏެއްގެ linked-clinics-of-covid-19-testing-fraud ހިއްސާދާރަކު މިހާރު މަގާމުގެ ނާޖާއިޒު ބޭނުން ކޮށްގެން ސަރުކާރު ބަދުނާމް ކުރަން ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމުގެ ނިޔަތް ރަނގަޅެއް ނޫނެވެ. އޭރަކީ ކުއްލި ނުރައްކަލުގެ ހާލަތު ނަމަވެސް ވެންޓިލޭޓަރ ގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވަންޖެހޭ މީހުން ޝަރީއަތަށް ފޮނުވަން ޕީޖީއަށް ހުށަހަޅާފައި ވަނިކޮށް ވިލުފުށި އަފީފް ރައީސް ނަޝީދާ ގުޅިގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ.

    ވިލުފުށީ އަފީފްގެ މަސްލަހަތު އޮތް ކުންފުންޏަށް ކޮވިޑް ޓެސްޓްކިޓާއި އިމަރޖެންސީ ރައްކާތެރި ހެދުމާއި އެކަމާ ގުޅޭ މެޝިނަރީއާއި އެހެނިހެން އާލާތްތައް ފޯރުކޮށް ދިނުމުގެ ވިޔަފާރި ލިބުނު ވާހަކައާއި އެ ކަމުގައި ނެގި ނާޖާއިޒު ފައިދާގެ ވާހަކަ އަމިއްލައަށް މަޖިލީހުގައި ދެއްކިއްޔާ މާ ތާހިރު ވާނެއެވެ. 

    ]]>
    Sun, 05 Mar 2023 19:37:06 +0500 ހީރަސް
    ގަން އެއަރޕޯޓްގެ މަސައްކަތަށް ހުރަސްއަޅައި ކަޓުނަގަން ނޫޅޭ! https://heerasnews.com/1042 https://heerasnews.com/1042 ހިނގަހިގާ ހުންނަ ޕްރޮޖެކްޓްތަކަށް ދަނޑިބާނައިގެން ކަންކަން ހަލާކު ކުރަން ރައީސް ނަޝީދެއް ކަމަކު އުޅޭނެ ކަމެއްނެތެވެ. ރައީސް ސާލިހަށް އައްޑޫ ރައްޔިތުންގެ ގިނަ ބަޔަކު ކުރާ އިތުބާރު ކަނޑުވާލާ މި ސަރުކާރުން އައްޑޫއަށް ކަމެއް ކޮށްނުދެވުނުކަން ދައްކާ ނަފްރަތު އުފައްދަން ނޫޅޭށެވެ. ގަމު އެއަރޕޯޓް ޕްރައިވެޓައިޒް ކުރާ ވާހަކަ ދައްކަން މިހާރު މީ ކޮންވަގުތެއް ހެއްޔެވެ. 

    ރައީސް ސާލިހުގެ ތަރައްގީގެ ޕްލޭނެއް އައްޑުއަށް އެބައޮތެވެ. ރައީސް ސާލިހުގެ އައްޑޫ ޕްލޭންގެ މަސައްކަތްތައް ތަރުތީބު ވެގެން ކުރިއަށް އެބަދެއެވެ. ގަން އެއަރޕޯޓް ތަރައްގީކޮށް އެކަމަށް ކުރަންޖެހޭ މަސައްކަތް ވަނީ ފެށިފައެވެ. ދަނީ ކުރިއަށެވެ. 8000 އެނދުގެ އައްޑޫ ޓޫރިޒަމް ޕްލޭންގެ މަސައްކަތް ހުރީ މެކުހުގައެވެ. 

    ވަށާޖެހޭ ތަރައްގީގެ ޕްލޭނެއްގެ ދަށުން މުޅި އައްޑޫ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ފުރިހަވެ ނިމޭނެއެވެ. ޓޫރިޒަމްގެ ފުރުސަތު ފަހިވެ ރިސޯޓްތަކާއި ސިޓީ ހޮތާތަކާއި ގެސްޓްހައުސްތައް ހުޅުވި އައްޑޫގެ އިގްތިސާދީ އިންޖީނު ބާރަށް ހިނގައި ގަންނާނެއެވެ. ފަތުރުވެރިންނާ ދަތުރުވެރިންނަށް މަތީފެންވަރުގެ ހިދުމަތް ލިބޭ އެއަރޕޯޓަކަށް ގަން އެއަރޕޯޓު ވާނެއެވެ. ހިތަދޫ ސީޕޯޓަކީ މުޅި ދެކުނު ސަރަހައްދުގެ ކަނޑުގެ ހަބަކަށް ވެގެން ދާނެއެވެ. ހިޔާލީ ވާހަކަ ތަކެއްގެ ގޮތުގައެއް ނޫނެވެ. އަމަލީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ތާވަލާ އެއްގޮތަށް ބާރަށް ކުރިއަށް އެބަދެއެވެ. 

    އައްޑޫގެ ތަރައްގީއާއި ގުޅުންހުރި އަސާސީ ހިދުމަތްތައް ހުއްޓުމެއް ނެތި އެހެރަ ދަނީ ބާރަށް ކުރިއަށެވެ. ގަމުގެ ވައިގެ ބަދަރު ތަރައްގީ ވެގެން ދާއިރު ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތައް ހުޅުވާ ހިންގޭ ވަރަށް އެތަންތަން ވެސް ނިމިގެން ދާނެއެވެ. ރައްޔިތުންނާއި ފަތުރުވެރިންނަށް އެންމެ ރަނގަޅު ފެންވަރުގައި އަސާސީ ހިދުމަތް ލިބި ސިއްހީ ގޮތުން މަތީފެންވަރުގެ ހިދުމަތް ލިބޭ ވަރަށް ހޮސްޕިޓަލް ތަރައްގީ ކުރެވެއެވެ. 

    ގުޅިފައިވާ މައި ރަށްތަކާއި ހުޅުމީދޫ ގުޅާލެވި، ދަތުރު ފަތުރުން މުޅި އައްޑޫ ގުޅުވާލައި، ހިތަދޫ ޕޯޓަކީ އާގު ބޯޓުފަހަރާއި ކްރޫޒް ލައިނަރު ފަދަ އުޅަދުތަކަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދެވޭ ދެކުނު ކަނޑުހަބް ކަމަށް ވާނެއެވެ.

    ސަރުކާރުން ވަށާޖެހޭ ތަރައްގީގެ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރަން ފަށާފައި ވަނިކޮށް މަޖިލީހަށް ގަރާރެއް ލައިގެން އާއްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވަން އުޅެނީ އައްޑޫ ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫނެވެ. ގަން އެއަރޕޯޓް ތަރައްގީގެ ޕްލޭނާ އެއްގޮތައް ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހޯދާ ޓެންޑާކޮށް ބަޔަކާއި ހަވާލުކޮށްގެން މަސައްކަތުގެ އަމަލީ މަސައްކަތް ހިންގައި ގަންނަން ފަށާއިރަށް މި ޖަހަން ފެށީ ކޮން ސަކަރާތެއް ހެއްޔެވެ. ގަން އެއަރޕޯޓް ޕްރައިވަޓައިޒް ކުރާ ވާހަކަ މިހާރު ދައްކާ ޕްރެޝަރ ކުރާނީ އެއަޕޯޓްގެ މަސައްކަތް ކުރިއަނުދީ އެކަން ދިގު ދެންމުމަށެވެ. 

    މިސަރުކާރުން އައްޑޫ އެއަޕޯޓާއި މުޅި އައްޑޫގެ ތަރައްގީ ޕްލޭނާއި އެއްގޮތަށް ގެންގޮސް ނިންމަފާނެތީ މޭކަރާނެ ކަމެއްނެތެވެ. އަރާއިރު އަހުމަދު ރަޝީދުމެން މަޖިލީހުގައި ތިބެ ހިޔަލީމެން ކުންފުންޏަށް ކޮވިޑް ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ޖެހިފާޑަށް އައްޑޫ ރައްޔިތުންގެ ތަރައްގީއާއި ސަކަރާތް ޖަހަން ނުހަދާށެވެ. ޕްރައިވަޓައިޒް ކުރުމޭ ކިޔައިގެން އޭގެން ބައެއް ހިޔަލީ ރަޝީދަށް ދޭންވީ ހެއްޔެވެ. ސަރުކާރަށް ނުވާކަން ދައްކަން ގަން އެއަރޕޯޓްގެ މަސައްކަތަށް ހުރަސް އަޅާ ލަސްކޮށް ކަޓުނަގަން ނޫޅޭށެވެ. އެކަމެއް ނުވާނެއެވެ. 

    ]]>
    Wed, 15 Feb 2023 11:58:56 +0500 ހީރަސް
    ހަސަން ލަތީފަށް: ތިޔަ އުޅެނީ ޑްރަގް އެތެރެވާތީއެއް ނޫން https://heerasnews.com/1037 https://heerasnews.com/1037 ބައެއްގެ ހަސަދަވެރިކަން ބޮޑުވެއްޖެއްޔާ ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭނގޭނެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭނެއެވެ. ބިރަކާނުލާ މަޖާކޮށް ހަދަން މާލޭގައި މަރުކަޒުތައް ހަދަން ގޮވަލާ މަޖިލީހުގެ ތެޅުމުގައި އެންމެ ބާރަށް ގުންފައިޖެހި ހަސަންލަތީފު މިއަދު މިދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ.

    ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވޭ ބޭރުމީހާ އުމުރަށް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮއްލުމުގެ އުސޫލު ކުއްވެރިކޮށް މަޖިލީހަށް މައްސަލަ ވައްދައިގެން ކުރާން ތިޔައުޅެނީ ކީއްކަން އެބައެނގެއެވެ. ތިޔަ އުޅެނީއްޔަކީ ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެވާތީ ކަންބޮޑުވެގެނެއް ނޫނެވެ. ސަރުކާރުގެ ކުށް ހޯދުމާއި ކުށް ދެއްކުމާއި ކުއްވެރި ކުރުމުގެ އެޖެންޑާގެ ދަށުން ނަފްރަތު އުފެއްދުމުގެ ސިލްސިލާގެ ބޮޅެއްކަން ނޭގެނީ ކާކަށް ހެއްޔެވެ.

    އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުން ތަކުގައި ބައިވެރި ނުވެ ޕީޖީ ގުރޫޕްގެ ނިންމުންތަކަށް އިދިކޮޅަށްވުރެ އިދިކޮޅުވެގެން ހަސަންކޮމެން ތިޔަ އުޅެނީ އެމްޑީޕީއާއި ގައުމީ މަސްލަހަތަށްވުރެ ރައީސް ނަޝީދުގެ ޕަޕެޓުންނަށް ވެގެންނެވެ. ރާއްޖޭގެ ރައީސްކަން ނަޝީދަށް ލިބޭގޮތަށް ފަހިވާހެން ކަންކަން އެމްޑީޕީގެ ތެރޭގައި ތަރުތީބުވާ ނަމަ މަސްތުވާ ތަކެތި އެތެރެކުރާ މީހާ ޑީޕޯޓްނުކޮށް ރައްޔިތަކަށް ހަދާ ޑިޕޮލޮމެޓިކް ޕާސްޕޯޓު ދިނަސް ހަސަންކޮމެނަށް އޯކޭވާނެއެވެ.

    ޓެކްސްފައިސާ ހަރަދުކޮށްގެން ވިހިފަންސަވީސް އަހަރު ބޭރުބަޔަކު ބަންދުގައި ބައިތިއްބައިގެން ދައުލަތުން ހަރަދުކުރުމަކީ ގޯހަކަށްވެ އެންމެން ޑީޕޯޓް ކުރަން ގޮވާނެއެވެ. އޭރަކުން ގާނޫނުގެ ބާރުކަނޑައިގެންނޭ ކިޔައިގެން ބޮންޑާމެން ފަނޑިޔާރުގެއަށް ދާކަށްވެސް ނޫޅޭނެއެވެ. ކާރުގެ ޑިކީގައި ކަޅުދަބަހުގައި ދިޔާ ހަދިޔާ އުފުލި އަލީ އާޒިމާއި ގިޓާމެންނަށް "މަސްތު" އެއީ ވާކަމެއްކަން ވެސް ނޭނގޭނެއެވެ.  

    އާނއެކެވެ. މަސްތުވާ ތަކެއްޗަށް ބަންދުވެފައި ހުރި ދޮރުތައް ހުޅުވޭ ވާހަކަ ދައްކަން އެންމެ ތާހިރީ ދޮންބިލަތް އަހުމަދެވެ. ތިމާގެ އެ ރޮނގަކުން މުޅި ގައުމަށް ނަންހިގި ފުޓްބޯޅައިން އަތް ދޮވެލަން ޖެހުނީ މަސްތުވާ އެއްޗެއް ހުވަފެނުން ވެސް ނުދެކޭތީއެވެ. 25 އަހަރުގެ ހުކުމެއް ބޮލު އަޅައިގެން ޖަލުގެ ތޭރިތަކުގެ ބިއްދަށަށް ވަންނަން ޖެހުނީ މަސްތުވާތަކެއްޗަށް ދެވި ނުހިފާތީއެވެ.

    ]]>
    Mon, 13 Feb 2023 13:59:44 +0500 ހީރަސް
    ސަރުކާރުގެ ކާމިޔާބީގެ އަޑު ފޯރުވުން ނުހުއްޓުވޭނެ! https://heerasnews.com/1007 https://heerasnews.com/1007 މަސްހޫރުކަން ހޯދަން ޗަފާޑަށް މަޖިލީހުގެ ތަޅުން މައްޗަށް ވެއްޓިގަތަކަސް ތިޔަ ޗަރުކޭސް ބަލާ މީހަކު ނޫޅެއެވެ. ނައިފަރު ސިޔާމާއި ތުރާކުނު ސައީދުމެން ވެއްޓި ފުރޮޅި ގަންނާނެއްބާ ގޮވިޔަސް ކަހާތަން ހިރުވަލާ މީހަކު ނޫޅެއެވެ. ހިންނަވަރު ސާލިހުގެ އިބްރާހީމު ރާއްޖޭގެ ވެރިކަން ކުރާތީ ނައިފަރު ސިޔާމަށް ވެސް އެކަން ވެދާނެއޭ ހީވަނީ ހެއްޔެވެ. އިބޫ ވެރިކަން ހޯދީ ތިޔަ ފާޑަށް ވެއްޓި ފުރޮޅި ގައިވީދައިގެނެއް ނޫނެވެ.

    އަމްދުން ސިޔާމް ތިޔައުޅޭ ފާޑުން މުޅި ފާދިއްޕޮޅާއި ނައިފަރަށް ވެސް ހުތުރެވެ. ހިންނަ ވަރަށް އުފަން ދަރިއަކު ރާއްޖޭގެ ތަހުތުގައި އިންނާތީ ސިޔާމަށް ތިޔަ ކުރަނީ ހާދަ އަސަރެކެވެ. ތިޔައިއްޔަކީ ނައިފަރު އެެހެން މީހަކުވެސް އުޅޭނެ ފާޑެއް ނޫނެވެ. 

    ނޭނގެންޏާ ބަލާ ހޯދާ ދަސްކޮށް ހަނދާން އައު ކުރާށެވެ. ހަގީގަތް ގަބޫލުކުރާށެވެ. އަންނި ނެތް ހާލަތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫއަށް ލިބުނެކޭ ކިޔާ ޔާމީނު ނެތް ތާކު ސިޔާމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭކަށް ޕީޕީއެމަކުން ނޫޅެއެވެ. ނެގިނެގިފައި ޖެހުނު ވަރަކަށް ތިޔަ ހުރެ ފައިބަނީ ހުޅުނބެވެ. 

    ބޮޑެތި ވާހަކަ ލިޔެފައި ޓްވީޓް ކުރިޔަކަސް މަޖިލީހުގެ ނިޒާމު ގެއްލުވާލީމާ ސަކަރާތް ޖަހާކަށް ސިޔާމަކަށް ޕީޕީއެމަކަށް ޖާގައެއްް ނުދޭނެއެވެ. މަޖިލީހުގައި ހައެއްކަ ކެނަ އިދިކޮޅޭ ކިޔައިގެން އަރުވާ ފޮނަކީ ހުސް ސައިބޯނި ބަޑިއެވެ. ސްޕަރމެޖޯރިތީ އެތިބީ ފިސާރި ފުދިގެން ތިޔަ ކަހަރުވަކުން ގޭނޭ ގޭނުން ބަލާފާ ހޭށެވެ. ނިޒާމް ގެއްލުވާލައިގެން ޕްރެޝަރެއް އުފައްދާ ލެވޭވަރުގެ ހަކަތައެއް ތިޔަ ބައިގަނޑަކު ނެތެވެ. 

    އާނއެކެވެ. ޑިމޮކްރަސީގެ ހަމަތަކާއެއް ގޮތަށް ގާނޫނީ އިމުގެ ތެރެއިން ވަރަށް ފުރިހަމަ ރިޔާސީ ބަޔާނެއް ރައީސް ސާލިހު މިއަދު އިއްވާ ދެއްވައިފިއެވެ. ސަރުކާރުގެ ކާމިޔާބީތަކުގެ އަޑު ރައްޔިތުންނާ ހަމަޔަށް ފޯރިޔަ ނުދޭން ނައިފަރޭމެން ހޮބޯލަވަން ތިޔަކުރާ ކަމަކުން މިސަރުކާރަށް އަރުވާލެވޭނެ ލޮޅުމެއް ނެތެވެ. ހަށިވިއްކާ ރަންޑީންވެސް އަރިއަރިޔަށް ތިބެ ތިޔަފާޑުގެ ފޮޓޯއާއި ވީޑިއޯ ކުރެއެވެ. އެއަށް ރިއެކްޓް ކުރާނީ ހަތާ ގެއްލިފައި ތިބޭ ވައިކުޅަދުރެވެ. 

    ]]>
    Mon, 06 Feb 2023 14:09:41 +0500 ހީރަސް
    އެމްޑީޕީ ސިފައިގެ އަސްލު ވައުދަކީ އަންނިއަށް ވެރިކަން ހޯދުން https://heerasnews.com/729 https://heerasnews.com/729 ގަލޮޅު މީހާއަށް އެމްޑީޕީ މިހިރަ ސިފަވާ ގޮތެކެވެ. އެކެއްގެ ވަށައިގެން މީހުން އެނބުރެން އަންނި ނޫން މީހަކު ކަމަކު ނުދެއެވެ. ތާއަބަދު ވެރިކަމުގައި ހުންނަން ޖެހޭނީ އަންނިއެވެ. ވެރިކަން އޮންނަން ޖެހެނީ ކެނެރީގޭގައެވެ. އެމްޑީޕީގެ ރައީސްކަމުގައި އަންނި ނޫން މީހަކު ހުރެގެން ނުވާނެއެވެ. ޕާޓީގެ އިސް ހުރިހާ މަގާމެއްގައި ތިބެން ޖެހެނީ އަންނިގެ ގޮނޑި ކޮއްކޮއިންނެވެ. ޑިމޮކްރަސީއަކީ އަންނިއެވެ. އެމްޑީޕީގެ ފިކުރަކީ އަންނި ގެ ފިކުރެވެ. އެމްޑީޕީ އަކީ އަންނިއަށް ވެރިކަން ހޯދަދީ އަންނިގެ ވެރިކަން ދެމެހެއްޓުމުގެ މާނަވީ ނަމެވެ. އެމްޑީޕީ އެސިފަތައް ދޫކޮށް އެހެން ގޮތަކަށް މިސްރާބު ހިފީމާ ގަލޮޅު މީހާގެ ރުޅި މަޑެވެ.

    އެމްޑީޕީ ސިފައިގެ އެމްޑީޕީގެ އަސްލު ވައުދަކީ ވެރިކަމުގެ ހުރިހާ ބާރެއް ނަޝީދަށް ހޯދުމެވެ. ރައީސްކަން ދެންޏާ ބަރުލަމާނީއެއް ބޮޑު ވަޒީރު ކަމެއް މުހިންމެއް ނޫނެވެ. ވޯޓަކުން ރައީސްކަން ލިބެން ނެތަތީ ބަރުލަމަނީ ގެނެސް ބޮޑުވަޒީރުކަން ނަޝީދަށް ނުލިބޭ ގޮތަކަށް ކުރެވޭ އެއްވެސް ކަމަކީ އެމްޑީޕީ ސިފައިގެ ވައުދެއް ނޫނެވެ. ގަލޮޅު މީހާ ބުނާ އެމްޑީޕީ ސިފައިގެ އަސްލު ވައުދަކީ މީހުންގެ ކަންބޮޑުވުމާ ގުޅިފައި ހުރި ކޮޅެއް މެދެއް ނެތް ނަތީޖާ ނުނެރޭވޭ ކަންކަމުގެ ވާހަކަ ދައްކާ ރައްޔިތުން ޅޮސް އުދޯއްޔަށް ލުމެވެ.

    ގަލޮޅު މީހާ ބުނާ ގޮތުން ރާއްޖޭގެ ހުރިހާ ރަށްރަށުގައި ބަނދަރު ހެދުމަކީ އިގްތިސާދަށް އެއްވެސް މަންފާއެއް ވާނެ ކަމެއް ނޫނެވެ. ރަށްރަށުގައި ފެނާ ނަރުދަމާ އެޅުމަކީ އިގްތިސާދަށް އޭގެ އެއްވެސް ފައިދާއެއް ވާނެކަންކަން ކަމަކަށް ނުވެއެވެ. ރަށްރަށުގެ ކަރަންޓް ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޭނުންވާ ކަރަންޓް ހަމައަށް ލިބޭނެ ގޮތް ހެދުމަކީ އިގްތިސާދަށް އެއްވެސް މަންފާއެއް ކުރަނެ ކަމަކަށް ނުވެއެވެ. ދޮޅު ރޯނާ ވިޔަސް މިދެން ފުކެއް ބޮޑުވަރެވެ.

    ރަށްރަށުގެ ބަނދަރު ހެދުމުން އެއްރަށުން އަނެއް ރަށަށް މީހުން އައިސްގޮސްވެ އުޅުމު އިގްތިސާދީ އިންޖީނު ހަލުވިވެ ހިނގުން ބާރުވާނެ ކަމެއް ގަލޮޅު މީހައަކަށް ނޭނގެއެވެ. އެއްރަށުން އަނެއްރަށަށް މުދާބަދަލުކޮށް އެއްރަށުގައި އުފައްދާ ތަކެތި އަނެއް ރަށަށް ގެންގޮސް ފަސޭހަކަމާއެކު ފޯރުކޮށް ދިނުމުގެ ވަސީލަތަކަށް ބަނދަރުގެ ފަސޭހަވުމުން ވިޔަފާރިތައް ހިގައިގަނެ ކިއްލި ހަދާ މީހާގެ ކިއްލި ރަށުތޮށިން ބޭރުވެ ވިޔަފާރި ފުޅާވާނެ ކަމެއް ގަލޮޅުމީހާ އަކަށް ނޭނގެއެވެ.

    ގެސްޓް ހައުސްތަކަށް އަންނަ ގެސްޓުމީހާ މީރު ފެނުން ފެންވަރައި ނަރުދަމާ ނިޒާމުގެ ފަސޭހަކަން އިހުސާސް ކުރެވުމުން އަންނަ ގެސްޓުން އިތުރުވެ ރައްޔިތު މީހާގެ ޖީބަށް ބޯކޮށް ޑޮލަރު ވަންނާނެ ކަމަށް ގަލޮޅު މީހާ ނުދެކެއެވެ. ގެސްޓް ހައުސްތަކާއި އާއްމު ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ބޭނުން ވަރަކަށް ކަރަންޓް ލިބެން ހުރުމުން މަސައްކަތްތައް ހަލުވިވެ އިލެކްޓްރިކް އާލާތްތައް ހަލާކުވާ ނިސްބަތް ކުޑަވެ އާމްދަނީ ހޯދުމަށް އިތުރު ދޮރުތައް ހުޅުވި ލިބޭ އާމްދަނީން އިލެކްޓްރިކް އާލާތް ހޯދުމަށާއި މަރާމާތު ކުރުމަށް ހޭދަކުރާ ކުރުމުގެ ބޮޑުބައެއް ސަލާމަތް ކުރެވޭނެ ކަމެއް ގަލޮޅުމީހާއަކަށް ނޭގެއެވެ.

    ގަލޮޅު މީހާއަށް އެނގޭހާ ވެސް އެއްޗަކީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަ ވަމުން އައި އައިހެން ރައީސް ސާލިހަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ އަންނިއަށް އޮތް ތާއިދު ބޮޑުތަނުން ގެއްލެމުން ދާކަމެވެ. ވެރިކަމުގެ އާރާބާރު ލޮދި ހިކައެއްހެން އަންނިގެ އަތުތެރޭން ދެމިގެންފިކަމެވެ. އަންނިގެ އަސްލު ސިފަ އެމްޑީޕީން މިހާރު ބަލައި ނުގަންނަކަމެވެ.

    ]]>
    Thu, 24 Nov 2022 14:04:09 +0500 ހީރަސް
    އީވާއަށް: ތިޔައީ ވެސް ކުޅަނދު މަދު ބީރައްޓެއްސެއް! https://heerasnews.com/724 https://heerasnews.com/724 އީވާގެ ޗޮއިސް އަކީ އަންނިކަން އޮޅިގެން އެކަކަށްވެސް ނޫޅެއެވެ. އެކަމަކު ބުނަން ހެއްޔެވެ ޗޮއިސް ހުސްވިޔަސް ދިވެހިންގެ ގިނަ ބަޔަކަށް މިހާރަކު އަންނިއަކީ ޗޮއިސްއެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީވެސް އަންނިއަށެވެ. ރައީސްކަމަށް އަންނި ވާދަކޮށްފި ނަމަ ވަހީދަށް ވީވަރުވެސް އަންނިއަށް ނުވާނެކަން އަންނި ގަބޫލު ކުރާނެއެވެ. ބަރުލަމާނީ ވެރިކަމެއް ގެންނަ އަންނި ބޭނުން ވެގެން އެ އުޅެނީ ވެސް އެކަމާ ހެދިކަން ނޭނގެނީ ކާކަށް ހެއްޔެވެ. ރާގު ރާގަށް އީވާމެން ކިތަންމެ ވައްވަކެއް ޖެއްސަސް ދިވެހިންގެ ގިނަ ބަޔަކަށް ތިޔަ ޑްރާމާ ހިތުދަހެވެ.   

    ރައިސް ސޯލިހުގެ އޯގަތެރިކަމުގެ ފައިދާ ނަގައިގެން ރައީސް ސޯލިހަށް ސަރުކާރު ހިންގަން ދަތި ކުރުން ނޫން ކަމެއް އީވާމެނަށް އެބަ ކުރެވޭހެއްޔެވެ. އެމްޑީޕީގެ މަސްލަހަތު ރައީސް ސޯލިހު ކުރިއަށް ނެރުއްވުމަކީ އެމްޑީޕީގެ ތެރޭން ރައީސް ސޯލިހާ ދެކޮޅަށް ބަގާވަތް ކުރަން އީވާމެނަށް އޮތް ޗޮއިސްއެއް ނޫނެވެ. އިދިކޮޅު ޕާޓީއަށްވުރެ އިދިކޮޅެވެ. އެތެރޭގައި މަޝްވަރާކޮށްގެން ހައްލު ކުރެވޭވަރު ކަންކަން ބޮޑު ފިތުނަ އަކަށް ހަދައިގެން ރަށްމެދުގައި ތިޔަ ހާވާ ހަޑިއެކޭ ގަޔަށް ތިކި ބުރާ ވަރަށް ތަފާލުގައި ދަނޑިން ތެޅުމެކޭ ތަފާތެއް ނެތެވެ. 

    ތިޔަ ގަބީލާގައި ހުރި އިހުލާސްތެރިކަން ނިކަން ދެކެބަލާށެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި އެއްވެސް ކަމަކަށް ތާއީދެއް ނުކުރެއެވެ. ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއަކީ މި ވަގުތު ހިންގައިގެން ވާނެ ކަންކަން ކަމަކަށް ގަބޫލެއް ނުކުރެއެވެ. ރައްޔިތުންނަށް ތަފާތު ނުކޮށް ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަކީ ދައުލަތަށް އުފުލަން ޖެހިފައިވާ ބުރައެއް ކަމަށް ދެކެއެވެ. ހައިސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަބްސިޑީ ދިނުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމަކަށް ނުވެއެވެ. ހަދާ ކޮންމެ ބަނދަރަކާއެކު ޔަމީނު ރަޝީދު ދިރިގެން އަންނަން ޖެހެއެވެ. ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް ރަށްރަށުގެ ބަނދަރުތައް ހަދާ ރަށް ގިރުން ހައްލުކޮށް ދިނުން ވަނީ އިސްރާފެއް ކަމަށެވެ. ރައްޔިތުންގެ މަންދޫބުންގެ ވިސްނުން މި ހާވަރަށް ކޮރަޕްޓް ވީމާ ދެން ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ.

    އެމްޑީޕިގެ ހަގީގި ވައުދަކީ ރިލްވަނާ ޔާމީނު ރަޝީދު އެކަނިކަން އަދިކިރިޔާ މިއެނގުނީއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުން ނޫނީ އެމްޑީޕީގެ ސަރުކާރަކުން ކުރާނެ އެހެން ކަމެއް އޮވެގެން ނުވާނެކަން ވެސް މި އެނގުނީއެވެ.  

    ދޫ ފަރިތަކޮށް ޖަޒްބާތުގައި އީވާމެން ވާހަކަ ދައްކާލާއިރު ހީވަނީ ދެން ތިބީ ހައްތަހާ ވެސް ގަމާރުން ހެންނެވެ. ރިލުވާނޭ ޔާމީނު ރަޝީދުގެ ގަތުލޭ ކިޔައިގެން މާ އިމޯޝަނަލް ވާނެކަމެއް ނެތެވެ. ރޭވިގެން ސިއްރުން ހިންގާފައި ހުންނަ ގަތުލު ތަކުގެ ހަގީގަތް އީވާ ހަމަ ބުނާއިރަށް އެނގޭ ނަމަ އެކަމަށް މަސައްކަތެއް ކުރާކަށް ނުޖެހޭނެތާއެވެ.

    އެމެރިކާއަކީ ދުނިޔޭގައި އެންމެ ކުރިއަރަފައިވާ ހުރިހާ ވަސީލަތެއްގެ އެހީގައި ތަހުގީގުތައް ހިންގާ ގައުމެކެވެ. އެކަމަކު 1963 ގައި އެނތާގެ ރައީސް ޖޯން އޮފް ކެނެޑީ އަވަހާރަކޮށްލީ ކާކުކަން ހޯދުނީ ދާދި މިދާކަށް ދުވަހުކަން ހަމަ ރަނގަޅަށް އެނގޭނެއެވެ. ރޭވިގެން ހިނގާ އެޒާތުގެ މަރުތަކުގެ ހަގީގަތަކީ ފެން ތައްޓެއް ބޯލާހާ ފަސޭހައިން ހޯދޭނެ ކަންކަމެއް ނޫނެވެ. އަފްރާޝީމާއި ރިލްވާނާއި ޔާމީނު ރަޝީދުގެ މަރުގެ ތަހުގީގަށް ކުރިއެރުންތައް ލިބި ފެންނަން ހުރި ހެކިތަކާއި ގަރީނާ ތަކުގެ މައްޗަށް ދައުވާކުރަން ޖެހޭ ފަރާތް ތަކަށް ދައުވާކޮށް ޝަރީއަތް ކުރެވެމުން ދާކަން ނޭނގުމަކީ އީވާގެ ގަމާރުކަމެވެ. ކިތަންމެ ފުޅާކޮށް ކިތަންމެ ރަނގަޅަށް ތަހުގީގުކޮށް ޝަރީއަތް ކުރިޔަސް ގަބޫލު ނުކުރާ މީހަކަށް އިންސާފަކީ ލިބޭނެ އެއްޗެއް ނޫނެވެ.

    ކުރީގެ ސަރުކާރުން ދައުލަތަށް ވެފައިވާ ހިޔާނާތާއި ކުރި ވައްކަން ތަކުން ގެއްލިފައިވާ ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާކަން ނޭނގޭ ކަމަށް ހަދައިގެން ސަރުކާރު ބަދުނާމު ކުރަން ސަޅި ވާހަކަ ދައްކަން އީވާ ވެސް ތާހިރެއް ނޫނެވެ. ތިމާމެން މަތިހަށި ނަގާފައި ގެނައި ސަރުކާރަކީ އީވާމެންގެ ކުޅޭކުޅޭ ބުދަކަށް ނުހެދުނީމާ އޮބި ނޯންނަ ވަރަށް ގައި ހިރުވާނެއެވެ. ހަޖަމެއް ނުވާނެއެވެ.

    ރައްޔިތުންނަށް ހެޔޮ އެދޭކަމަށް ވެގެން " މާ މާލެ ވެގެން " އުޅޭނެ ކަމެއް ނެތެވެ. އީވާއަކީ ވެސް ހިންނަވަރަށް އުފަން ހިންނަވަރު މީހެއްގެ ދަރިއެކެވެ. މާލޭގައި އުޅޭ ރަށްފުށު އެހެން މީހުނާ މާބޮޑު ތަފާތެއް ނެތް، ތިޔަ ކިޔާ ކަހަލަ " ކުޅަނދު މަދު ބީރައްޓެއްސެއް" ނޫން ކަމަކަށް ނުވާނެއެވެ. ގަލޮޅު އުތުރު ގޮނޑި ހިސޯރުކޮށްގެން ދާއިރާ މީހުނަށް ކަމެއް ކޮށްދޭން ނޫޅެ ވެރިކަން އަތަށް ފިރުކާލަން ކުރަން އޮތް ކަމެއް ނޫނީ ނުކުރާ އީވާ ރައްޔިތުންނޭ ހައްގޭ އިންސާފޭ ނުކިޔާ މައިތިރިވެގެން ހުރެވޭތޯ ބަލާށެވެ. ތިޔައީ ހުސް ވެސް ޗަރުކޭހެވެ.

    ]]>
    Wed, 23 Nov 2022 16:02:12 +0500 ހީރަސް
    ފައިނު އާދަނުމެން ދައުލަތުގެ ރިޒާވް އުސްތުނބަށް ގެންގޮސްދެނީ! https://heerasnews.com/721 https://heerasnews.com/721 ރޭނިދި ނުދިގެން ފައިނު އާދަނު ތެޅެ ފޮޅޭތާ ކިތަންމެ ދުވަހެކެވެ. އެކަކު ކައިރިން އަނެކަކު ކައިރިން ދެފައި އެއްތާ ނުޖަހާ މި އާދަނަކު ދުވާތާ ކޮން ޒަމާނެއް ހެއްޔެވެ. ގައުމާ ރައްޔިތުން ދެކެ މި މަނިކު މި ވަނީ ހާދަ ލޯތްބެކެވެ. ރައްޔިތުން ކުރެ އެކަކު ވެސް ނުކައި ހުރިއްޔާ އާދަނު ހުންނަނީ ނުކައެވެ. އެހެން ހުރެ ހުރެ އެ ފަކީރު ހީވަނީ ފެން ދަމާލާފައި އޮތް ފަޅޯ އޮނެއް ހެނެވެ.

    ދައުލަތުގެ މާކޮށާރު އަޑިއަޅާ ލާއިރަށް ކޮންމެ ފަހަރަކު ގަންބާ ފުރާ ބާރުކޮށް ދެނީ މި އާދަނު ވިއްޔާއެވެ. އާދަނު ބުނެލާއިރަށް ތިޖޫރީގައި އޮތް އެއްޗަކާ ނެތް އެއްޗެއް ބުނެ ނުދީއެއް ނުވާނެތާއެވެ. މި ފަހަރަކު މާބަނޑޭރި އަލީ ހާޝިމް ވެސް އުޅެންފެށި ވައްތަރެކެވެ. ވަތަބަނޑޭރި އަމީރު ވެސް އާދަނަށް ފޮރުވައިގެން ކުރަންޖެހޭ ކަމެއް ނޯންނާނެއެވެ. ވެދިޔަހާ ތަނުގައި ވެސް މާކޮށާރުގައި ހުރިއްޔާ ހުރި އެއްޗަކީ އާދަނު ހޯދާދީފައި ހުރި އެއްޗިއްސެވެ. އާދަނަށް މާކޮށާރުގެ ފޫ ނުދައްކާން ފައި ވިއްދިޔަސް އާދަނު އެ ބަލަފައި ނޫނީ ހުއްޓައެއް ނުލާނެއެވެ. 

    ގައުމީ ބޮޑުމާލޫދު ހަރުގޭގައި މާލޫދު ބުރި ބުނަން އާދަނުމެން ގެންގޮއްސާ ތިބެނީ ކަމަކުތާއެވެ. މާލޫދު ބައިގެ މާމުދިމު ލައްވާ ފަތްތޫރަ ހިންގައިގެން ވެސް އާދަނު މި ފަހަރު މާކޮށާރު ބަތާނައަށް ދަންދެން ފޮރޮޅާލާނެއެވެ. އެވަރު ކުރަންދެން ބަނޑޭރިން މި ތިބެނީ ކޮން ރަލެއް ބޮވިފައި ހެއްޔެވެ.

    މަލޫދު ހަރުގެއަށް ގެންނަ ބޮޑުކޭން ހަބަޑަށް ކައި ފުރައިގެން އާދަނުމެން ތިބޭ ވާހަކަ ބަޔަކު ދައްކައިފިއްޔާ އެ ބަޔަކަށް ވުރެ އުޅި އެއްނުވާ ބަޔަކު ތިބި ކަމަކަށް ވާނީއެއް ނޫނެވެ. އެހެނެއް ކަމަކު މާކޮށާރު ހުސްވެ ރައްޔިތުން މަގޫފަތް ކާން ޖެހިދާނެތީ ފަޔަށް ހިނިއަރައިގެން އާދަނުމެން އުޅޭއިރު މާކޮށާރުން ވަކިކޮށްގެން ގެންނަ ބޮޑުކޭން ނުކައި އެންމެ ފަހަރަކު ވެސް އާދަނުމެނަށް ވަނީއެއް ނޫނެވެ. ބޮޑު ހަރުގޭގެ މާމުދިމު ވެސް ހީވަނީ ރެވިތޮޔޮ ބޮވިގެން އުޅޭހެނެވެ. ރައްޔިތުން ދެކެވާ ލޯބިންނެވެ.

    ބަލަ މިތިބަ ގަމާރުންނޭވެ. ތިޔަ ހަރުގެއެއްގެ ތެރޭގައި އަޑުހަރުކޮށް ލާހަޅޭކުން މާކޮށާރު ފުރި ބާރުވޭ ހެއްޔެވެ. މާކޮށާރުގައި އޮތް އެއްޗަކާ ނެތް އެއްޗެއް އެނގިގެން ތިޔަ ލަވާ ހަޅޭކާ ޖަހާ ބެރަށް ބުމެއް އިތުރުވުން ނޫން ކަމެއް ވާނެހެއްޔެވެ. ނުވާނެއެވެ. 

    ރާއްޖޭގެ ރިޒާވްގައި ކާޑާއި ތެލާ ގަންނާނެ ފައިސާ  ނެތިއްޔާ އެ ފައިސާ ހޯދާނީ އެ ވަގުތަކު ސަރުކާރު ހިންގަން ތިބި ބައެކެވެ. ދައުލަތުގެ ހަރަދު ބޮޑުވެގެން އެއްމަހުގެ މުސާރަ ވެސް ނުނަގާ އާދަނުމެނަށް ތިބެލަން ކެރެދާނެ ހެއްޔެވެ. ހެސްކިޔާފަ ބޮޑު މުސާރައާއި އިނާޔަތް ނަގައިގެން ކައިފުރައިގެން ތިބެ މީހުންގެ މަސްކެއުން ނޫން ކަމެއް ތިޔަ ބަޔަކު ތިޔަ ތާކަށް އެއްވެ ތިބެ އެބަ ކުރަން ހެއްޔެވެ. ތިޔަ ތާނގެ ތެރޭގައި ސަރުކާރާ ބައިވެރިވެގެން ސަރުކާރަށް ކަން ފަހިކޮށްދީގެން އުޅެން މަސައްކަތް ކުރާ އިހުލާސްތެރިއަކަށް ވިއްޔާ ގަނާކޮށް ގޯނާކޮށް ފުރައްސާރަ ކުރުން ނޫން ކަމެއް އެބަ ކުރަން ހެއްޔެވެ. 

    ފައިނު މާވަޑި އާދަނު ވެސް ތެޅެ ބާލާއިރު ހީވަނީ ދައުލަތުގެ ރިޒާވް އުސްތުނބަށް އަޅާފުރާލަ ދޭން އުޅޭ ހެންނެވެ. ބުނަން ހެއްޔެވެ. ރައްޔިތުންނަށް ތިޔަހާ ހެވެއް އެދިގެން އުޅެންޏާ މަހު މުސާރަ ނުނަގާ ތިޔަ ތަޅާ ބޭކާރު އަނގަ ތަޅަން ކޮންމެ ދުވަހަކު ހުޅުވައިގެން ނުތިބެ އެކަމަށް ހިގާ ހަރަދުތައް ނުހިންގާ ރިޒާވޭ ތެލޭ ކަޑޭ މަގޫފަތޭ ކިޔާބަލާށެވެ. އަމްދަކުން ތިޔަ އުޅެނިއްޔަކީ ރިޒާވް ހުސްވެ ރައްޔިތުން ބަނޑަށް ޖެހިދާނެ ތީއެއް ނޫނެވެ. ވެރިކަމަށް ބޫތު ކައިގެންނެވެ.  

    ]]>
    Tue, 22 Nov 2022 17:08:35 +0500 ހީރަސް
    ބަޖެޓް ހުށަހެޅިގޮތަށް ފާސްކޮށްނުދީ ކަންކަން ނުވާ ވާހަކަ ނުދައްކާތި https://heerasnews.com/650 https://heerasnews.com/650

    ބަޖެޓަކީ ހަމަ ތިބެފައި ޖަހާލާ އަދަދުތަކެއް ނޫނެވެ. ދައުލަތުގެ ހުރިހާ މުއައްސަސާ ތަކުން ދުރާލާ އެކޮޅު މިކޮޅު ބަލައިގެން އެކުލަވާލާ އެއްޗެކެވެ. ކުރެވިފައި ހުރިކަންތަކާއި ކުރަންފަށައި ނުނިމި ހުރި ކަންކަމާއި ކުރިއަށް އޮތް އަހަރު ކުރެވެން ހުރި ކަންކަމަށް ބަލައި ހިސާބު ޖަހައިގެން ހަދާ އެއްޗެކެވެ. ވަކިކަމެއް ވަކިގޮތަކަށް ނުކުރެވިއްޖެ ނަމަ ދިމާވެދާނެ ގޮންޖެހުންތަކަށް ވެސް ބަޖެޓް ހެދުމުގައި ފުންކޮށް ރިއާޔަތް ކުރެއެވެ. ބަޖެޓް ހަދަނީ ކުރަމުންދާ ކަންކަމުގެ ތެރެއިން ހުއްޓާލަން ޖެހޭ ކަންކަމާއި އަލަށް ފަށަންޖެހޭ ކަންކަމާއި އެކަމެއް ކުރެވެން އޮތް ގޮތް އެނގިގެން އެހުރިހާ ކަންކަމަށް ރިއާޔަތް ކޮއްގެންނެވެ.

    ދައުލަތުގެ އެންމެހާ ކަންކަން ކުރެވޭން އޮތްގޮތާ ކުރާނެ ގޮތް އެނގޭނީ އެކަމެއް ކުރުމާ ހަވާލުވެ ތިބި ބަޔަކަށެވެ. ހުރިހާ މުއައްސަސާ ތަކުން އެތަނެއްގެ ބަޖެޓް އެކުލަވާ ލުމަށްފަހު ދައުލަތުގެ މާލީ މުއައްސާއަށް ފޮނުވުމުން އެ ތަނުން ބަލަންޖެހޭ ބެލުން ތަކެއް ބަލާ މުއައްސަސާތަކާ މަސްވަރާ ކުރެއެވެ. ގެނެވެން އޮތް ހެޔޮ ބަދަލެއް މަސްވަރާކޮށްގެން ގެނެއެވެ. އުނިކޮށް އިތުރު ކުރަންޖެހޭ ކަންކަމަށް އުނި އިތުރު ގެނެއެވެ. އެހިސާބަށް ދާއިރު ހާލަތާ ގުޅޭ ގޮތުން ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތައް އޮންނަނީ އައިސް ނިމިފައެވެ. ހަރަދު ކުރާނެ ގޮތާއި އާމްދަނީ ހޯދާނެ ގޮތާއި އޮންނަނީ ރަނގަޅަށް ތަރުތީބު ކުރެވިފައެވެ. ބަޖެޓުގެ ހުރިހާ ކަމެއްހެން ނިންމަނީ ފަންނީ ގާބިލު މީހުންގެ އެތައްބަޔަކު އެއްވެ ތިބެއެވެ. ސިޔާސީ ތައައްސުބުން ނެއްޓި ތިބެ ދައުލަތް ހިންގުމަށް ފަހިވާ ގޮތަށެވެ.

    ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅަނީ ކަންކަމުގެ އެ ހުރިހާ ތަފްސީލުތަކާއި އެކުގައެވެ. ބަޖެޓް މަޖިލީހަށް ފާސް ކުރަން ފޮނުވަނީ ސިޔާސީ ހަސަދައިގައި ދައުލަތުގެ ހިންގުމުގެ ވާގި ނައްތާލާކަށް ނޫނެވެ. ކޮންމެ އިރަކު ވެސް ދައުލަތް ހިންގަން ތިބެނީ ކޮންމެ ވެސް ބައެކެވެ.

    ރައްޔިތުންގެ މަންދޫބުންގެ ވިސްނުން ހުންނަން ވާނީ ވަކި މީހަކު ވެރިކަމުގައި ނެތުމުން ވެރިކަމުގައި ހުރި މީހާގެ ހަތަރެސް ފައި ބަނދެފައި ފަތަން މޫދަށް އެއްލާ ގޮތަކަށް ނޫނެވެ. ރައްޔިތުންނަށް ދައުލަތުން ކޮށްދޭން ޖެހޭ ކަންކަން ކުރިޔަ ނުދޭ ގޮތަކަށް ނޫނެވެ. ހަމައެއް ލަމައެއް ނެތި ކޮށާ ކުދިކޮށް ބޮޑުކުރާ ގޮތަކަށް ވެސް ނޫނެވެ.

    ހިންގުމުން ބޭރުގައި ތިބޭ މީހުނަށް ކަންކަން ފެންނަ ގޮތާ ދުރު ތިބީންނަށް ފެންނަ ގޮތް ތަފާތު ވާނެއެވެ. ދުރު ތިބީންނަށް ގިނަ ފަހަރަށް އެނގޭނީ ގޮތް ކިޔާށެވެ. ދިމާވާ ގޮޖެހުންތަކާއި ހައްލެއް ގިނަ ފަހަރަކަށް ނޭގޭނެއެވެ.

    އާނއެކެވެ. ރައްޔިތުންގެ މަންދޫބުންނަށް ސުވާލު އުފެދޭ ކަންކަން ވެސް ބަޖެޓްގައި ހުންނާނެއެވެ. ސުވާލުތަކަށް ޖަވާބު ހޯދުމާއި ކަމެއް ބަޖެޓްގައި ހިމެނިފައި އޮތް ވިސްނުމެއް ސާފު ކުރަން ވާނެއެވެ.

    މިހެން މި ވާހަކަ ދައްކާއިރު މަޖިލީހުން ބަޖެޓް ދިރާސާ ކުރާކަން ވެސް އެނގެއެވެ. ރަނގަޅު ވިސްނުމުގައި އުފެއްދުންތެރި މަސައްކަތް ކުރާ މެންބަރުން ވެސް މަދެއް ނޫނެވެ. ދެރަކަމަކީ ވަކި މީހަކު ވެރިކަމުގައި ހުރީތީ އެ މީހެއްގެ ވާގި ނައްތާލަން ކޮންމެ ކަމެއްގެ ގޯސް ނަޒަރިއްޔާ ޕްރަމޯޓު ކުރާ މެންބަރުން ތިބުމެވެ. އެ ޒާތުގެ މެންބަރުންނަށް ރަނގަޅު އެއްކަމެއް ވެސް ނޯވެއެވެ. އެކަމަކު ހުރިހާ ކަމެއް ވެސް ދައުލަތުން ކޮށްދޭން ޖެހެއެވެ. ކަމެއް ކުރެވޭނެ ގޮތް ހަދާދީގެން ނުވެއެވެ. ފަހުން ކަންކަން ނުވާ ވާހަކަ ދައްކާ އާޑަ ފުރައްސާރަ ކުރާނީ ވެސް ހަމަ އެ މީހުނެވެ.

    ތަނެއް ދޮރެއް ނުބަލާ ސިޔާސީ މަގުސަދެއް ހާސިލު ކުރަން ބަޖެޓަށް އެގޮތް މިގޮތް ހަދައިގެން ފާސް ކޮށްދޭ ބަޖެޓަކުން ރައްޔިތަކަށް ވާނެ މޮޅެއް ނުއޮންނާނެއެވެ. ގައުމު އިނދަ ޖެހި ބަނގުރޫޓުވުން ނޫން ކަމެއް ނުވާނެއެވެ. ތައައްސަބުން ފުރިގެން ތިބެ ހިތުހުރި ގޮތެއް ހަދައިގެން ބަޖެޓް ފާސް ކުރުމަށް ފަހު ކަންކަން ނުކުރެވޭ ވާހަކަ ނުދައްކައްޗެވެ.

    ]]>
    Wed, 02 Nov 2022 17:14:33 +0500 ހީރަސް
    ޖީއެސްޓީ ބޮޑުކަން އިހުސާސެއް ނުވާނެ! https://heerasnews.com/640 https://heerasnews.com/640

    މުޅި ބަޖެޓްގެ 19.7 ޕަސެންޓް ޕީއެސްއައިޕީ މަޝްރޫއު ތަކަށް ހާއްސަ ކުރެވިފައި ވަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އަމާޒު ހިފައިގެނެވެ. އެ މަޝްރޫއުތަކާ ގުޅިގެން އިގްތިސާދީ ދުޅަހެޔޮކަށް ބޮޑުތަނުން އިތުރުވެގެން ދާގޮތަށް ބައްޓަންކޮށް ތަންފީޒު ކުރެވޭ ސިޔާސަތުން %2 ޖީއެސްޓީ ބޮޑުވުމުގެ ބުރައެއް ރައްޔިތުންނަށް އިހުސާސެއް ނުވާނެއެވެ. އެ އަށްވުރެ ބޮޑަށް އާމްދަނީ އިތުރުވެ އަތްމަތި ތިޔާގި ވުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.

    2023ގެ ބަޖެޓް އެ އޮތްގޮތަށް ތަންފީޒު ވުމުން ރައްޔިތުން ދަތުރުފަތުރަށް ކުރާ ހޭދަ 80 އިން ސައްތަ ކުޑަވެގެން ދާނެއެވެ. އަންނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީއަށް ހާއްސަ ކުރެވުނު ބައިގެ %28.9 ހޭދަ ކުރެވޭނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށެވެ. އޭރުން ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ އައު ދޮރުތައް ހުޅުވި ވަޒީފާގެ ފުރުސަތު ތައްމިނަށް އޮންނާނެއެވެ.

    އަނެއް ކޮޅުން ހުޅުމާލެއާއި އެހެނިހެން ރަށް ރަށުގައި ހައުސިންގ ޔުނިޓްތައް އެޅުމަށް 285.9 މިލިއަން ރުފިޔާ ހާއްސަ ކުރެވިފައި އޮތުމުން ބޯހިޔާވަހިކަމަށް ހީނުކުރާ ވަރުގެ ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. އެހެންމެ ކުނި ނައްތާލުމަށް ބަޖެޓުން 630.2 މިލިއަން ރުފިޔާ ހޭދަކުރަން އެ އޮތީ ކަނޑައެޅިފައެވެ.

    ފެނާއި ނަރުދަމާގެ މަޝްރޫއު ތަކަށް 567.2 މިލިއަން ރުފިޔާ އެކަށައަޅާފައި އޮތީ މިހާރު ކުރިޔަށް ދާ މަޝްރޫއުތައް ނިންމުމަށާއި އަލަށް ފަށާ މަޝްރޫއު ތަކަށެވެ. މި ބަޖެޓުން ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރަން 724.9 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ސިއްހީ ހިދުމަތް އިތުރު ހަރުފަތަކަށް މައޗަށް ޖައްސާލާނެއެވެ.

    އާބާދީ އެންމެ ބޮޑު ދެ ސަރަހައްދު ކަމުގައިވާ މާލޭ އޭރިއާ އާއި އައްޑޫގެ ބިން ހިއްކުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެކެވެ. މި ބަޖެޓުން އެކަމަށް ހައްލު ހޯދާ ދޭނެއެވެ. އެ ގޮތުން ގުޅިފަޅާއި އައްޑޫ ބިން ހިއްކަން 463.4 މިލިއަން ރުފިޔާ ކަޑައެޅިފައި އެ އޮތީއެވެ.

    ޕީއެސްއައިޕީގެ ހަރަދުތައް ހަމަޖައްސާނެ ގޮތްވެސް އޮޅުމެއް ނެތި ބަޖެޓުން ފެންނަން އެބައޮތެވެ. އެކަމަށް ކަނޑައަޅާފައިވާ 8.4 ބިލިއަން ރުފިޔާގެ ތެރެއިން 3.1 ބިލިއަން ރުފިޔާ ހަރަދު ކުރާނީ ޑޮމެސްޓިކް ބަޖެޓުންނެވެ. ބޭރުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ އާއި ބޭރުގެ ހިލޭ އެހީން 713 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. އަދި ގްރީން ފަންޑުން 439.5 މިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހަރަދު ކުރާނެއެވެ.

    ރާއްޖޭގެ އިގުތިސާދު ހަމައަކަށް އަޅުވާ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ރައްޔިތުންގެ މަންދޫބުން މި ބަޖެޓް ފާސްކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރައްޔިތުން އެދޭ ހެޔޮ ބަދަލަށް ވާސިލު ވެވޭނީ އޭރުންނެވެ. ހިތުހުރި ގޮތަކަށް ބަޖެޓު އޮޅުން ބޮޅުންކޮށް ކޮށާ އުނި އިތުރު ކޮށްގެން ފާސްކުރާ ބަޖެޓަކުން ލަނޑުދަނޑިތައް ހާސިލުނުވެ ހަލާކުގެ ތެރެއަށް ވެއްޓުން ނޫންކަމެއް ނުވާނެއެވެ. ސަރުކާރުގެ ހުށަހެޅުމާއި އެއްގޮތަށް ބަޖެޓް ފާސްކޮށް ނުދީ ތިބެ ކަންކަން ނުކުރެވޭ ވާހަކަ އެއްވެސް މެންބަރަކު ދައްކައިގެން ނުވާނެތާއެވެ.

    ދައުރު ނިމޭއިރު ފުރިހަމަ ވެފައި ހުންނާނެ ކަމަށް ސަރުކާރުން ބުނާ ކަންކަން ވޭތޯ ނުވޭތޯ ބަލައިލަން ވެސް ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރުން މަޖިލީހުގެ މެންބަރުންނަށް މުހިންމެވެ.  

    ]]>
    Mon, 31 Oct 2022 18:03:02 +0500 ހީރަސް